Maldives Real Time Facts & : ހިދުމަތްދާރު https://heerasnews.com/rss/category/ހިދުމަތްތެރިން Maldives Real Time Facts & : ހިދުމަތްދާރު dv ކޮޕީރައިޓް: Heerasnews llp (P013622021) މެންބަރު އަލީ ހުސައިން: ޓެސްޓުކޮށް ފާސްވެފައިވާ މޮޅު ޕްރޮޑަކްޓެއް https://heerasnews.com/2408 https://heerasnews.com/2408 ގައުމީ މަސްލަހަތަށްވުރެ އެބައެއްގެ ޒާތީ މަސްލަހަތާއި ސިޔާސީ މަސްލަހަތު އިސްކުރުމުގެ ސަބަބުން ސިޔާސީ ވެރިންނާއި މެދު ރައްޔިތުން ކުރާ އުންމީދާއި އިތުބާރު ވަނީ ނެތިފައެވެ. އެއްދުވަހުން އަނެއް ދުވަހަށް ރައްޔިތުންގެ މާޔޫސްކަން އިތުރުވުން ނޫންކަމެއް ނެތްކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ސަރުކާރެއް ފަނޑިޔާރުގެއެއް ރައްޔިތުންގެ މަޖިލީހެއް މިނިވަން މުއައްސަސާއެއް ސިޔާސީ ޕާޓީތަކެއް ކިޔާނެ ކަމެއް ނެތެވެ. ނަޒާހަތްތެރިން މަދުވެ ކޮރަޕްޝަނާއި ފަސާދަ އާންމެވެ.

ރާއްޖޭގައި ރައްޔިތުންގެ މަޖިލީސް މެމްބަރުނަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރެވެނީ މަދެއް ސުމާރެއްކޮށް ނޫނެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އެކަކު ދެމީހަކަށް ނޫނެވެ. މަޖިލީހުގެ މެންބަރު ކަމުގައި ހުރެ އެއްވެސް ގޮތަކަށް ކޮރަޕްޝަނުގެ އަމަލެއް ހިންގިކަމުގެ ތުހުމަތެއް ނެތް މީހަކު މަދެވެ. މަޖިލީހުގެ މެންބަރު ކަމުގައިހުރެ ކޮރަޕްޝަނާއި ފަސާދައެއް ހިންގި ކަމުގެ ތުހުމަތު ނެތް ހަމައެކަނި މެންބަރަކީ ކެންދޫ ދާއިރާގެ މެންބަރ އަލީ ހުސައިނޭ ބުނުމަކީ ދޮގަކަށް ނުވަނެއެވެ. އެ ކަމާމެދަކު ޝައްކެއް ނެތެވެ. 

މަޖިލީހުގެ ތެރޭގައި ހިނގާ ބާރު ސިޔާސީ އޮއިވަރުގައި ބެހިގެން ނުގޮސް ނަޒާހަތްތެރިކަން ދިފާއު ކުރުމުގައި 10 އަހަރު އެއްހަމައެއްގައި ހިފަހައްޓާ ލެވޭނީ ލައްކަ ހިއްވަރު ހުރެގެންނެވެ. ލައްކަ ހުސިޔާރު ވެގެންނެވެ. ޕާޓީ ބަދަލުކުރުމާއި ހައްގުނޫން ފައިދާ ނެގުމުގެ ބޮޑެތި ރާޅުބާނިތައް އަރާފައިބަމުން ދާއިރު އެއިން ކަމެއްގައި ނުޖެހި ހިފަހައްޓާ ލުމަކީ ފަސޭހަ ކަމެއްނޫނެވެ. އެހެނެއް ކަމަކު މެންބަރު އަލީ ހުސައިންގެ މެންބަރު ކަމުގެ ދެވަނަ ދައުރު ނިންމަވާ އެލަނީ އެއިން ކަމެއްގައި ނުޖެހިއެވެ. 

މިފަދަ ހައްސާސް ދުވަސްތަކެއްގައި އަދި ކޮރަޕްޝަނާ ފަސާދާ އިންތިހާއަށް ގޮސްފައިވާ ޒާމާނެއްގައި ވެސް ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ހުސެއިންގެ ނަން ފާހަގަ ކުރެވެނީ ތަފާތު ނަމެއްގެ ގޮތުގައިއެވެ. ފަސްބައި ސާފެވެ. އަހުލާގީ މިންގަޑު ދަމަހައްޓައެވެ. ދައްކާ ވާހަކައިގައި އޮއްޓަރު ހުރެއެވެ. އަދިވެސް އަލީ ހުސައިން ފެންނަނީ އެންމެ އުންމީދީ އެއް މެމްބަރު ގޮތުގައިއެވެ.

 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 2014ވަނަ އަހަރު ކެންދޫ ދާއިރާގެ މެންބަރުކަމަށް އަލީ ހުސައިން އިންތިހާބުވީ ކެންދޫ ދާއިރާގެ އޭރުގެ މެމްބަރު އަހުމަދު ތަސްމީނު އަލީގެ މައްޗަށް ކުރި ހޯދައިގެންނެވެ. ބ. އަތޮޅު ތަމްސީލު ކުރުމުގައި 20 އަހަރު ރައްޔިތުންގެ މަޖިލީހުގައި އިންނެވި ތަސްމީނު އަލީ އަކީ ސަމާސާ ބޭފުޅެއް ނޫނެވެ. އިލްމުވެރިކަމާއި މުއްސަނދިކަމާއި ސިޔާސީ ބާރުވެރިކަމަށް ބަލާއިރު ރާއްޖޭގެ ބޮޑުބާރެކެވެ. ތަސްމީނުގެ މައްޗަށް އަލީ ހުސެއިން ކާމިޔާބު  ކުރުމަކީ ގިނަ ބައެއްގެ ސަމާލުކަން މެމްބަރު އަލީ ހުސެއިންނަށް ހުއްޓުނު ކަމެކެވެ. އެބަދަލު ވެގެން ދިޔައީ ލެޖެންޑަރީ ބަދަލަކަށެވެ.

މަޖިލީހުގެ މެންބަރަކީ ޒަމާނުއްސުރެ ގޮނޑި ހޫނުކުރަން އިންނަ ދާއިރާގެ ވެލްފެއަރ އޮފިސަރ ނުވަތަ ޕްރޮޖެކްޓް މެނޭޖަރ ގޮތުގައި އޮތް އޮތުން އަލީ ހުސައިން ބަދަލުކޮށް ލެއްވިއެވެ. އަހަރީ ބަޖެޓާއި ގާނޫނީ ބަހުސްތަކުގައި ރައްޔިތުންގެ އަޑު ހިއްޕާލެއްވިއެވެ. ގައުމީ ކަންކަމުގައި އަޑު ހަރުކޮށް ބަސް ބުނުމާއި އިންސާފާއި ހަމަހަމަ ކަމަށް ވަކާލާތުކޮށް ގިނަ އަދަދެއްގެ ބައެއްގެ ލޯތްބާއި ތާއިދު އަލީ ހުސެއިން ހޯއްދެވިއެވެ.

ނަތީޖާއެއްގެ ގޮތުން 2018 ގެ ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހް ގެ ރަނިންގ މޭޓަކަށް ވުމާގާތަށް އަލީ ހުސައިންގެ މަގުބޫލުކަން އުފުލިގެން ދިޔައެވެ. އެންމެ ވޯޓެއްގެ ފަރަގުން ރަނިން މޭޓްކަން ގެއްލުނަސް ކާމިޔާބު ކުރެއްވި ވާދަވެރިޔާގެ ފަހަތްޕުޅައް އަރާ އިބޫފައިސަލްގެ ކެންޕޭނުގައި އެންމެ އިންޗިއެއްވެސް އަލީ ހުސައިން ފަހަށް ނުޖެހެއެވެ. އެހެން ކަމުން އަލީ ހުސައިންގެ ސާބިތުކަމާއި ގައުމު އިސްކުރުމުގެ ކެރުންތެރިކަމަށް އެންމެންހެން ސެލިއުޓް ކުރިއެވެ. 

2014 އިން 2018އަށް ރާއްޖޭގެ ސިޔާސީ ހަމަ ޖެހުން ގެއްލިގޮސް ސިޔާސީ އެތައް ބަޔަކު ތިބީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. އަނިޔާވެރި ކަމާއެކު ކުއްލި ނުރައްކަލުގެ ހާލަތަށް އޭރުއޮތް ސަރުކާރުން ގައުމު ވައްޓާލުމުން ޖެހިލުމެއް ނެތި ހައްގު ބަސް ބުނަން ފުރަތަމަ ނިކުތް މަދު މީހުންގެ ތެރޭން އެކަކީ އަލީ ހުސައިންއެވެ. ހަމަޔާއި އިންސާފަށް އެންމެ ބާރަށް ވަކާލާތު ކުރި އެއް މެމްބަރަކީ އަލީ ހުސެއިންކަން ތާރީހު ހެކިވާނެއެވެ.

މަޖިލީހުގައި ރައްޔިތުންގެ ލާބަޔަށް ލީ އެއްވެސް ވޯޓަކުން މެމްބަރު އަލީ ހުސެއިން ބަރީއަ ވެފައެއް ނުވެއެވެ. ބަސް ބުނަން ޖެހުނު އެއްވެސް ވަގުތެއްގައި ބަސް ނުބުނެ ދޫކޮށްލާފައެއް ނެތެވެ. ރައްޔިތުންގެ ހައްގުގައި ދެ ދައުރު ބަޓަނަށް ފިތީ މިނިވަންކަމާއި ސާބިތުކަމާއި އެކު ވަކިފަރާތަކަށް ނުޖެހި ގައުމު އިސްކޮށްގެނެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ފަސް އަހަރަށް އަލީ ހުސެއިން ކުރިމަތި ލަނީ  3 ވަނަ ދައުރަކަށެވެ. ސާފު ރެކޯޑަކާއި ޝަރަފްވެރި ތާރީހަކާއި އެކުގައެވެ. މަޖިލީހުގައި ތިމަންނަމެން ތަމްސީލު ކުރާ މެމްބަރަކީ ނަމޫނާ މެމްބަރެކޭ ބުނެ ކެންދޫ ދާއިރާގެ ކޮންމެ ރައްޔިތަކަށް ފަހުރުވެރި ކަމާއި އެކު މޭގައި އަތް ޖަހާލެވޭނެއެވެ. ރަނގަޅު އެއްޗެއް އަތުގައި އޮވެ ގިނަދުވަސް ވުމަކުން ބަދަލުކުރަން ހެޔޮ ނުވާނެއެވެ. ޓެސްޓްކޮށް ކަށަވަރު ކުރެވިފައި އޮތް ރަނގަޅު ގޮތް އޮއްވާ ޓެސްޓަކަށް ބަދަލެއް ކޮށްލުން ހެޔޮނުވާނެވެ. ޓެސްޓަށް ބަދަލު ކުރެވޭ ކުރުމުގެ ހިތި ތަޖުރިބާ އަބަދުމެ ދިވެހިން މިތިބެނީ ކޮށްކޮށެވެ. 

]]>
Thu, 18 Apr 2024 15:41:12 +0500 ހީރަސްނިއުސް
ކުރަންވާކަމެއް ޝަހީދު ފަސްނުޖެހި ކުރާނެ: އަލިކަތީބު https://heerasnews.com/2407 https://heerasnews.com/2407 ކެނދިކުޅުދޫ ދާއިރާގެ ހެވާ ލާބަ ގުޅިފައިވަނީ އެމްޑީޕީއާއެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ އެމްޑީޕީ މެންބަރާއެވެ. ކެނދިކުޅުދޫ ދާއިރާގެ ތަރައްގީއާއި ފުދުންތެރިކަމާއި ރައްޔިތުންގެ ބާރުވެރިކަން ގުޅިލާމެހިފައިވަނީ އެމްޑީޕީއާއެވެ. ދާއިރާގެ އެއްވެސް ރައްޔިތެއް ބާކީ ނުކޮށް މިސްރާބު ހަމަމަގުގައި ހިފެހެއްޓުމަށް ރައްޔިތުންގެ މަޖިލީސް އެމްޑީޕީއަށް ހޯދާދިނުމަށްވުރެ ވަކީން މުހިންމު ކަމެއް ރައްޔިތުންނަކަށް ނެތެވެ. ގޮށްމުށުގެބާރާއި އިސްރާފްގެ މަގަށް ސަރުކާރު ވެއްޓިގެން ދިޔަ ނުދިނުމަށްޓަކާ ފާރަވެރިވާ މަޖިލީހެއް އޮތުމުގެ ބޭނުން ބޮޑެވެ. 

މިސްރާބު ހަމަ މަގަށް ސީދަކުރުމުގައި ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަންދޫބަކީ ހީވާގި ކަމަށް ކަމޭހިތާ އިހުލާސްތެރިއަކަށް ވުމުގެ މުހިންމުކަން ވަކީން ބޮޑެވެ. ކެނދިކުޅުދޫ ދާއިރާގެ މަންދޫބުގެ ގޮތުގައި މަޖިލީހަށް ފޮނުވުމަށް އެންމެ އެކަށީގެންވަނީ ހުރިހާ ފިކުރެއްގެ މީހުން އިތުބާރުކުރާ ބަލައިގަންނަ މީހަކަށް ވާންޖެހެއެވެ. ކަމަށްކަމޭހިތާ އިހުލާސްތެރި ތެދުވެރިއަކަށް ވާންޖެހެއެވެ. ގުޅިގެން މަސައްކަތް ކުރެވޭނެ ތަޖުރިބާ ކާރު މީހަކަށް ވާން ޖެހެއެވެ. 

20ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެނދިކުޅުދޫ ދާއިރާ ތަމްސީލުކުރަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުއްލާ ޝަހީދަށް ވުރެ ވަކީން ރަނގަޅު މީހަކު ރޭހުގައި ވާދައެއް ނުކުރެއެވެ. އެކަން ސާބިތުވަނީ ދާއިރާގެ ތަޖުރިބާކާރު ހިދުމަތްތެރި ބޭބޭފުޅުންގެ ބަހުންނެވެ. 

ނ. އަތޮޅު ކައުންސިލްގެ ރައީސް ކަންކުރައްވާފައިވާ ކެނދިކުޅުދޫ އަލި ކަތީބު ވިދާޅުވަނީ " ޝަހީދަކީ އަޅުގަނޑު ތާއީދު ކުރާ ފަޅީގެ ކެންޑިޑޭޓެއް ނޫން. އެހެންނަމަވެސް އޭނަގެ ކެޕޭސިޓީގައި އޭނައަކީ ހަމަ ރަނގަޅު ކުއްޖެއް" ކަމަށް ވިދާޅުވެ ނިންމަވާ ލެއްވީއެއް ނޫނެވެ. "ހިދުމަތެއް ސިފާގަ ކުރެވެން އޮތް ކަމެއްގައި އެކަމެއް ފޯރުކޮށްދިނުމަށް އޭނާ މަސައްކަތް ކޮށްދޭނެ" ކަމުގެ ޔަގީކަން އަލިކަތީބަށް އޮވެއެވެ. އަލި ކަތީބު ވިދާޅުވާގޮތުން ޝަހީދަކީ މީހުނާ ޖޭވުމެއް ހަސަދަވެރި ކަމެއް ލައިގެން އުޅޭ ޒާތުގެ ކުއްޖެއްނޫނެވެ. ކަމެއް ކުރުމަށް މާބޮޑު ކްރައުޑެއް ފަހަތުގަ ނެތަސް ކުރަންވާކަމެއް ޝަހީދު ފަސްނުޖެހި ކުރާނެއެވެ.

ސިޔާސީ ގޮތުން ޝަހީދަށް ތާއީދު ނުކުރައްވާ އަލި ކަތީބު ފަދަ ބޭފުޅުންގެ އިތުބާރާއި ޔަގީންކަން ޝަހީދާމެދު އެބަ އޮތެވެ. އެހެންވީއިރު ދާއިރާގެ މެންބަރުކަމަށް ޝަހީދު ހޮވުމަށް ރައްޔިތުން ފަސްނުޖެހޭނެކަން ކަށަވަރުވެއެވެ.

ކެނދިކުޅުދޫ ދައިރާގެ މެންބަރު އަހުމަދު އީސާގެ އިތުބާރާއި ތާއީދު ހިފެހެއްޓުމެއް ނެތި ޝަހީދަށް ލިބެމުން ދިއުމަކީ ޝަހީދަކީ ކުރިއަށް އޮތް ފަސް އަހަރަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަމަށް ޝަހީދު ވަރެއްނެތް ކަމަށް ގަބޫލު ކުރަންޖެހޭ ސަބަބެކެވެ. 

މެންބަރު އަހުމަދު އީސާ (އީސަ) ވިދާޅުވާ ގޮތުން ޝަހީދަކީ އެންމެ ގާބިލު ކެންޑިޑޭޓްކަން ކަށަވަރުވަނީ ކުޑަ މިންވަރެއްގެވެސް ނުފޫޒެއް ނެތި ބޭއްވުނު މިނިވަން ޕްރައިމަރީއަކުން ތަފާތު ބޮޑު ނަތީޖާއަކުން ޕްރައިމަރީ ޝަހީދު ކާމިޔާބު ކުރެއްވި ކުރެއްވުމެވެ. މިވަގުތު ދާއިރާގައި ހުރި އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ޝަހީދުކަމަށް އެ ނަތީޖާއިން އެމްޑީޕީ މެންބަރުން ގަބޫލު ކޮށްފައި ވާކަމަށް މެންބަރު އަހުމަދު އީސާ ވިދާޅުވިއެވެ. 

" ސިޔާސީގޮތުން ޝަހީދު ދަންނަތާ 15 ވަރަކަށް އަހަރު. ޝަހީދަކީ ރައްޔިތުން އިންތިހާބު ކުރައްވައިގެން އަތޮޅުކައުންސިލްގެ މެންބަރުކަންކުރެއްވުމުގެ އިތުރަށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި 5 އަހަރު ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް" ކަމަށްވެސް އީސަ ވިދާޅުވިއެވެ. "ޝަހީދަކީ ދީނީ ކަންކަމަށް ވަރަށް ލޯބިކުރާ  އަހުލާގުރަނގަޅު މަޑުމައިތިރި އިހުލާސްތެރި ތެދުވެރި ބޭފުޅެއް." ކަމަށް ވިދާޅުވަމުން އީސަ ވިދާޅުވީ " ކެނދިކުޅުދޫ ދާއިރާގައި ވަރަށް ރަނގަޅު ޒުވާން ހަތަރުފަސް ކުއްޖަކު އަޅުގަނޑާއެކު ސިޔާސީ މަސައްކަތްކުރި. އޭގެތެރެއިންވެސް ޝަހީދަކީ ވަރަށް ފާހަގަކޮށްލެވޭ ކުއްޖެއް" ކަމަށެވެ. 

ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އަބްދުއްލާ ޝަހީދަކީ ދެވަނަ މިސާލެއްނެތް ފަދަ ކެންޑިޑޭޓެކެވެ. ޝަހީދާމެދު އިތުބާރާއި ޔަގީންކަން އޮތީ ހަމައެކަނި ދާއިރާގެ މެންބަރާއި ހަރުމީހުންގެ އެކަންޏެއް ނޫނެވެ. ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ ގިނަބައެއްގެ އިތުބާރާއި ލޯބި ޝަހީދަށް އެބައޮތެވެ. 

" ވޭތުވެދިޔަ 5 އަހަރު ޝަހީދާ ހަވާލުކުރެވުނު ދާއިރާގެ އެއްވެސް ކަމެއްގަ ފަރުވާ ކުޑަކުރައްވާފައެއް ނުވޭ" ކެދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ " ޝަހީދާ ހަވާލު ކުރެވުނު ދައިރާއާއި ރަށުގެ ކޮންމެ ކަމެއް ކުރައްވަފައިވަނީ ވަރަށް ރަގަޅަށް 100 ޕަސެންޓް ދީގެން. ޝަހީދަކީ ވަރަށް ޑެޑިކޭޓެޑް ބޭފުޅެއް" ކަމަށެވެ. " ދައިރާގެ ކަމެއްގައި ވިޔަސް ރަށުގެ ކަމެއްގައި ވިޔަސް ވަކިވަކި ފަރުދުންނާ ގުޅުން ހުރި ކަމެއްގައި ވިޔަސް ޝަހީދު ކުރަންޖެހޭ ކަމެއް ނުކުރެވިގެން ކަމެއް ނުވެފައެއް ނެތް" ކަމަށް އެހެން ބޭފުޅަކު ވިދާޅުވިއެވެ.

ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް " ޝަހީދުގެ މާޒީއަށް ބަލާއިރު ޝަހީދުގެ ފުށުން ހިޔާނާތާ ފަސާދައާ މަކަރާ ހީލަތުގެ އެއްވެސް ކަމެއް ފެނިފައެއްނުވޭ." އަދި " ކިތަންމެ މަތީ މަގާމެއް ލިބުނަސް ހިޔާނާތާ ފަސާދައިގެ ތެރެއަށް ނުދާނެ ކަމަށް ޔަގީން ކުރެވޭ." ކަމަށް ދާއިރާގެ ވިސްނުންތެރި ރައްޔިތަކު ވިދާޅުވިއެވެ. ޝަހީދަކީ ހަލާލު މަސައްކަތުން ރިޒުގު ހޯދައިގެން ދިރިއުޅެމުންދާ ބޭފުޅެއް ކަމަށާއި އެއްވެސް މީހަކަށް ޝަހީދު މަކަރާ ހީލަތެއް ހަދާފައިވާ ކަމަކަށް ދުވަހަކުވެސް އިވިފައި ނުވާކަމަށް ދާއިރާގެ އެހެން މީހަކު ބުންޏެވެ. އަނެއްކޮޅުން "ދިނާ ގާނޫނާ ހިލާފް ނުވާ ކޮންމެ ކަމެއްގާ ރައްޔިތުންނާ ޕާޓީއަށް ވަފާތެރިވާނެ" ކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ އެކްޓިވިސްޓަކު ބުންޏެވެ. 

ޝަހީދު ރަނގަޅަށް ދަންނަ މީހަކު ބުނިގޮތުގައި ޝަހީދަކީ ފަސްވަގުތު ނަމާދަށް ވަރަށް ބޮޑަށް ރައްކާތެރިވާ ބޭފުޅެއް ކަމަށެވެ. ވޭތުވެދިޔަ ތާނގައި ކެނދިކުޅުދޫ ދާއިރާގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި ދާއިރާގެ އެމްޑީޕީ ބޭފުޅަކު ވިދާޅުވީ " އީސަ ( މެންބަރ އަހުމަދު އީސާ) އަކީ ކެނދިކުޅުދޫ ދާއިރާގެ ތަރައްގީގެ ހީރޯ. އީސަ ނެތުމުގެ އުނިކަން ފޫބެއްދުމަކީ އެމްޑީޕީއާއި ދާއިރާއަށް އުނދަގޫވާނެ ކަމެއް. އެހެންނަމަވެސް ދާއިރާގެ ތަރައްގީއާއި އާއްމު ރައްޔިތުންގެ ކަންކަމުގައި ވޭތުވެދިޔަ ފަސްއަހަރު އީސަ ކުރެއްވި ކޮންމެ ކަމެއްގާ އީސަ އަރިހުގާ ޝަހީދު ހުންނެވި. އެހެން ކަމުން އީސަ ކަންކުރެއްވިގޮތާ ކަންކަން ކުރެއްވުމުގައި އީސަ ވިސްނަވާ ގޮތާއި އަމަލުކުރައްވާ ގޮތް އެންމެ ރަނަޅަށް އެގިގެން ކުރިއަށް ދެވޭނެ މީހަކީ ޝަހީދު" ކަމަށެވެ.

]]>
Thu, 18 Apr 2024 11:09:53 +0500 ހީރަސްނިއުސް
ރޮޒޭނާ ތަރި އޮއްސުނީތަ! https://heerasnews.com/2240 https://heerasnews.com/2240 ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެން ޕޮލިޓިޝަނުންނަކީ މަދުބައެކެވެ. ސިޔާސީ ކަންކަމުގައި ގިނަ އަންހެނުންނަކީ ފެނިގެއްލިދާ ބައެކެވެ. ސިޔާސީ ދައިރާއަށް ނިކުތީއްސުރެ މައިދާނުގައި ިފަހައްޓާ ލެވިފައި ތިިބި އަންހެނުންނަކީ މަދުބައެކެވެ. ހާއްސަކޮށް އިންތިހާބީ މަގާމުތަކުގައި ހިފަހައްޓަލެވޭ ކަނބަލުން ވަރަށް މަދެވެ. 

ސިޔާސީ ކަންކަމުގައި ނަން ހިގާ ގިނަ ކަނބަލުން ފެނިފައިވަނީ އައްޔަނު ކުރެވޭ މަގާމު ތަކުންނެވެ. ހާއްސަކޮށް 2007ގައި މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ހުޅުވުނު ފަހުން ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އިސް ސަފުން ފާހަގަ ކުރެވޭ ގިނަ ކަނބަލުންނަކީ އިންތިހާބީ ބައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކަނބަލުން އިންތިހާބު ވަނީ ވަރަށް މަދުންނެވެ. ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ތިއްބެވީ އެންމެ 4 އަންހެން ބޭފުޅުންނެވެ. 

އައު ގާނޫނު އަސާސީ ތަންފީޒު ކުރަންފެށި ފަހުން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ގިނަ ކަނބަލުންނަށް އެއް ދައުރަށްވުރެ އިތުރަށް މަޖިލިހުން ޖާގައެއް ނުލިބއެވެ. އެއް ދައުރަށްވުރެ ގިނަ ދައުރު މަޖިލީހުގައި ތަމްސީލް ކުރުމުގެ ފުރުސަތު ލިބިފައިވަނީ އެންމެ ދެ ކަނބަލުންނަށެވެ. ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރ އީވާ އަބްދުއްލާ އާއި އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ ރޮޒައިނާ އާދަމްއެވެ. ރާއްޖޭގައި ތިބި އެންމެ ވަރުގަދަ އަންހެން ދެ ޕޮލިޓީޝަނުންނަކީ އެ ދެ މެންބަރުންނޭ ބުނެވިދާނެއެވެ. 

އެންމެ ފަހުން އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީގައި ވާދަކޮށް 30 ވޯޓުގެ ތަފާތަކުން ބަލިވެ ވަޑައިގެން ރޮޒައިނާ އާދަމަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ހަންބޯ އެންމެ ޖެހެލުން ކުޑަ އެންމެ ކާމިޔާބު އަންހެން ޕޮލިޓީޝަނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެމްޑީޕީގައި ރޮޒައިނާ ހުންނެވި މަގާމާއި ޕާޓީގެ ލީޑަރޝީޕްގައި އެކަމަނާގެ ބަސްވިކުން އޮތް މިންވަރަށް ބަލާއިރު ޕްރައިމަރީއަކަށް ދާން ކެރިވަޑައިގަތް ގަތުމަކީ އެކަމަނާގެ ސިޔާސީ ދުރު ވިސްނުމާއި ޑިމޮކްރަސީ ހަޖަމް ކުރެއްވުމުގެ ގާބިލުކަން ހުރިވަރެވެ. އަމިއްލަ ނަފްސަށްވުރެ ޕާޓީއަށް ގޮނޑި ކާމިޔާބު ކުރުވުމަށް އިސްކަން ދެއްވި މިންވަރެވެ.

2008ގައި ރައީސުލްޖުމްހުރިއްޔާގެ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ވެއްނެވީއްސުރެ މިއަދާ ހަމައަށް އެހުންނެވީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ. 16 ވަނަ މަޖިލީހަށް ރައީސް އައްޔަނު ކުރެއްވި މެންބަރެއްގެ ހައިސިއްޔަތުން ރޮޒައިނާ ފެއްޓެވި ބަރުލަމާނީ ހަޔާތުގައި އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު 17،18،19 ވަނަ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރެއްވީ ގޮނޑި ހޫނު ކުރައްވާކަށް ނޫނެވެ. ފިސާރި ކަނބަލެއްގެ ގޮތުގައެވެ. 

ނަތީޖާއެއްގެ ގޮތުން ވާދަވެރިން ޖެހެލުންވާ ކަނބަލަކަށް ރޮޒޭވިއެވެ. އެންމެ ގިނަ ސިޔާސީ ހަމަލާތައް އަމާޒުވާ އެއްޕޮލިޓިޝަނަކަށް ރޮޒޭނާ ވިއެވެ. ރޮޒޭނާގެ ހަކަތަ ހުސްކޮށްލަން އެތެރޭންނާ ބޭރުން ހުއްޓުމެއްނެތި މަސައްކަތް ކުރިއެވެ. ބޯވައަށް ބުޅަލަށް މީދަލަށް ގޮވައިގެންވެސް ރޮޒައިނާ ސިޔާސީ މައިދާނުން އެއްފަރާތް ކުރެވޭތޯ ކުރި ބަޔަކު މަސައްކަތް ކުރީ އެމްޑީޕީ ބަލިކަށިކޮށް ލުމަށެވެ. ސިޔާސީ އާޖުފާޖު ރަނގަޅަށް އެނގޭ ދެވަނަ ރޮޒައިނާއެއް އުފެއްދުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން ވާދަވެރި ސިޔާސީ ލީޑަރުންނަށް ރަނގަޅަށް އެނގެއެވެ. 16 ވަރަކަށް އަހަރުގެ ބަރުލަމާނީ ހިދުމަތަށް ފަހު ޕްރައިމަރީން މަދު ވޯޓްކޮޅަކުން ރޮޒޭ ބަލިވުމަކީ އެކަމަނާގެ ސިޔާސީ ތަރި އޮއްސުމެއް ނޫނެވެ.  

]]>
Mon, 05 Feb 2024 14:53:57 +0500 ހީރަސްނިއުސް
ސްޓެލްކޯގެ ހިދުމަތްތެރި ތަރި: ހުސައިން ފަހުމީ https://heerasnews.com/2052 https://heerasnews.com/2052 ރާއްޖޭގައި ދެމެހެއްޓެނިވި އިތުބާރު ހުރި ހިދުމަތެއް ދެވޭ އެންމެ ދުވަސްވީ އެއް ކުންފުންޏަކީ ސްޓެލްކޯއެވެ. ސްޓެލްކޯ އަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނަފާވެރި ކުންފުންޏެއް ގޮތުގައި ދެމި އޮންނާނީ އެކުންފުނީގައި ދެގޮތެއް ނުވެ އިހުލާސްތެރި ހިދުމަތްތަކެއް ކުރާ މުއައްޒަފުންތަކެއްގެ މިންނަތް މަސައްކަތުގެ ސަބަބުންނެވެ. 

ސްޓެލްކޯގެ ހިދުމަތުގައި ދެމިތިއްބެވި ގިނަ މުުއައްޒަފުންގެ ތެރެއިން ޖެނެލް މެނޭޖަރގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ މ. ފަތަހަ ހުސައިން ފަހުމީ އަކީ ދެވަނައެއް ނެތްފަދަ ހިދުމަތްތެރިއެކެވެ. ޒިންމާދާރު ކަމާއި ކަމަށް ކަމޭހިތުމާ ވެރިންގެ އިރުޝާދަށް މަސައްކަތްކުރުމުގައި ފަހުމީ އަކީ ނެތްފަދަ މިސާލެކެވެ.

ޓްރޭނިންގ އޮފްސަރެއްގެ ގޮތުގައި 1998 ވަނައަހަރު ސްޓެލްކޯއާ ގުޅިވަޑައިގެން ފަހުމީ ވަނީ ސްޓެލްކޯއަށް ހިދުމަތް ކުރެއްވުމުގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯއްދަވާފައެވެ. ސްޓެލްކޯއިން ގެންގުޅޭ މީހުން ބިނާ ކުރުމުގެ ހާއްސަ ޕްރޮގްރާމުގެ ދަށުން ސްކޮޓްލޭންޑުން ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ފަހުމީ ސްޓެލްކޯގެ ތަފާތު ސެކްޝަންތަކުގައި ޒިންމާދާރު އެތައް ހިދުމަތެއް ވަނީ ކުރައްވާފައެވެ. 

ސްޓެލްކޯގެ އެސިސްޓެންޓް ޑިރެކްޓަރ ކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް އަދާކުރެއްވި ފަހުމީއަކީ ފިނޭންސްއާއި ބިލިންގގެ ދާއިރާއާއި ޕްރޮކިއުމަންޓާއި ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާ ފަދަ އެތައް ދާއިރާއެއްގައި ސްޓެލްކޯގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާ ބޮޑެތި ކުރިއެރުން ތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. 

ފަހުމީގެ ބެއްލެވުމުގެ ދަށުން ސްޓެލްކޯގައި ހިންގުނު އެންމެ ކާމިޔާބު އެއް މަސައްކަތެއްގެ ގޮތުގައި ހުޅުމާލޭ 2ވަނަ ފިޔަވަހީގައި ބިނާކުރި ސްޓެލްކޯ ޓަވަރުތައް ފާހަގަ ކޮށްލެވެއެވެ. ސަރުކާރު ކުންފުނިތަކުގެ މުއައްޒަފުންގެ ބޯހިޔާވަހިކަމަށް ރައީސް ޔާމީނުގެ ވެރިކަމުގައި ހުޅުވާލެއްވި ފުރުސަތުގެތެރެއިން ސްޓެލްކޯއިން ބިނާކުރި ޓަވަރުތަކުގެ ބިންގަލުން ފެށިގެން ނިމުމާ ހަމައަށް މުޅި މަސައްކަތް ވިލަރެސްކުރައްވާ ނިންމެވުމުގެ އެންމެ ބޮޑު އާރުކާޓީއަކީ ފަހުމީއެވެ. ސަރުކާރު ކުންފުނި ތަކުގެ ތެރެއިން އެންމެ ފުރަތަމަ ޓަވަރު ތަކުގެ މަސައްކަތް ނިންމާ މުއައްޒަފުންނަށް ބޯހިޔާވަހިކަން ދެވުނު ކުންފުޏަކަށް ސްޓެލްކޯ ހެދުމުގެ މުގުލުގައި ހުންނެވީ ފަހުމީއެވެ. 

ސްޓެލްކޯއާ މެދު ފަހުމީގެ އުންމީދު ބޮޑެވެ. ފަހުމީ ގެންގުޅުއްވާ ސްޓެލްކޯ ތަސައްވުރު ފުރިހަމައެވެ. ރައްޔިތުންނަށް މިހާރަށްވުރެ ވެސް އަގުހެޔޮ ފަސޭހަ ހިދުމަތެއް ދެއްވުމެވެ. އިހުތިސާސްގައި ހިމެނޭ ރައްޔިތުންނަށް އުދަގޫވާގޮތަށް ހުރިހާ ކަންކަމެއް އެކީ އެކައްޗަކަށް ނައްތާލުމަކީ ފަހުމީގެ އަމާޒެކެވެ. އެއްވެސް ބައެއްގެ ސިޔާސީ ހަރުގެއަކަށް ސްޓެލްކޯ ވިޔަނުދެއްވުމަކީ ފަހުމީގެ އަޒުމެކެވެ. މުއައްޒަފުންނަށް ފަހި މަސައްކަތު މާހައުލެއް އޮތް ތަނަކަށް ސްޓެލްކޯ ހެދުމަކީ އަމާޒެކެވެ.     

]]>
Tue, 28 Nov 2023 12:47:33 +0500 ހީރަސްނިއުސް
އެފް އެން ބީ ހިދުމަތުގައި މިސާލެއް ފަދަ އަލީ އިސްމާއީލް https://heerasnews.com/2027 https://heerasnews.com/2027 ފަތުރުވެރި ކަމުގެ ދާއިރާއާއިއެކު އެންމެ ކުރިއަރަމުން އަންނަ އެންމެ މުހިންމު އެއްދާއިރާއަކީ ކެއުން ބުއިމުގެ ޚިދުމަތުގެ ދައިރާއެވެ. މަޝްހޫރު ނަމުން ނަމަ އެފް އެން ބީ ހިދުމަތުގެ ދާއިރާއެވެ. އެފް އެންބީގެ ހިދުމަތަކީ މުޅި ފަތުރުވެރިކަމުގެ ސިނާއަތުގެ ހިތެވެ. ރިސޯޓެއްގެ އެހެން ހުރިހާ ކަމެއް ކިތަންމެ ފުރިހަމަވެފައި ތަރުތީބުން ހުއްޓަސް އެފް އެންބީ ގެ ހިދުމަތް ބޮލައަޅަފައި އޮތްނަމަ އެ ރިސޯޓެއްގެ ދުވަސް ދިޔައީއެވެ. އެހެން ކަމުން އެފް އެންބީ ޚިދުމަތަކީ ފެންވަރު ހުރި ރަނގަޅު ތަރުތީބުގައި އިންތިޒާމްވެގެން މޮޅަށް ދެވެ ހިދުމަތަކަށް ހެދުމަށް މުޅި ޓޫރިޒަމް ސިނައަތުން ސަމާލުކަން ދެއެވެ. 

ހިދުމަތެއް ރަނގަޅަށް ދެވޭނީ އެހިދުމަތް ދޭން ތިބޭ ބަޔަކީ ރަނގަޅު ތަމްރީނާ ތަރުބިއްޔަތު ލިބިގެން ތަރުތީބުން ފެންވަރުހުރި ހިދުމަތެއް ދެވޭ ބަޔަކަށް ވެގެންނެވެ. ނަމަކަށް ކަމެއް ކުރާ މީހަކަށް ރަނގަޅު ހިދުމަތެއް ނުދެވޭނެއެވެ. ރީތި ނަމެއްވެސް ހޯދައެއް ނުދެވޭނެއެވެ. އެހެނަސް އަލީ އިސްމާއީލް ފަދަ ކުޅަދާނަ ހިދުމަތްތެރިން އެފްއެންބީ ދާއިރާގައި ހިދުމަތުގައި ދެމި ތިބުމަކީ ފަތުރުވެރިކަމުގެ ސިނާއަތު ފަހުރުވެރިވާ ކަމެކެވެ. 

ބ.އަތޮޅު ކަމަދުއަށް ނިސްބަތްވާ އަލީ އިސްމާއީލަކީ އޭނާގެ ހަޔާތުގެ ބޮޑުބައި އެފްއެންބީގެ ހިދުމަތަށް ހުސްކޮށްލައިގެން ހުރި ހީވާގި މުރާލި ތަޖުރިބާކާރު އިލްމީ ދިވެހި ދަރިއެކެވެ. ރެސްޓޯރެންޓް މެނޭޖަރ ކަމުގައި ދެވަނައެއް ނެތްފަދަ ހިންގުންތެރި ހުނަރުވެރިއެކެވެ. ލޯތްބާ ކުލުނާއެކު މުއައްޒަމުންނަށް ކަމޭ ހިތައިގެން އެކުގައި އުޅެން ދަންނަ މޮޅު ޓީމް ލީޑަރެކެވެ. މަޝްހޫރު ރިސޯޓްތަކުގައި އޭނާ ކުރީން ކުރި ތަޖުރިބާ ތަކުން ފިލާވަޅު ލިބިގަނގެން މިހާތަނަށް އައި އައުންވީ ދާއިރާގައި އޭނާގެ ނަން ވިދާ ސަބަބަށެވެ. 

އަލީ އިސްމާއިލް ފާހަގަ ކޮށްލެވެނީ ކަސްޓަމަރުންނަށް ތަފާތު ތަޖުރިބާ ތަކެއް ފޯރުކޮށް ދިނުމަށް ފަސްނުޖެހޭ ޚިދުމަތްތެރިއެއް ގޮތުގައެވެ. ކެއުން ބުއިން ދިނުމުގެ ހިދުމަތުގައި ލިބިހުރި އިލްމީ މުއްސަނދި ކަމާއި މެހެމާންދާރީ އަދާކުރުމުގެ ތޫނުފިލިކަމުގެ ހެޔޮ އަސަރު ސޮނެވާފުއްޓާއި ފޯ ސީޒަނާއި ފިނޮޅާއި ދިގުފަރާއި ދިގަލީ މޯލްޑިވްސް ފަދަ ޝަރަފުވެރި ތަންތަނުން ފިލާނުދެއެވެ. ނުވެސްދާނެއެވެ. ހުރިހާ މާނައެއްގައި އެނާގެ ހިދުމަތުގެ ތަރިކަ އަލީ އިސްމާއީލު ވަނީ ނެތިނުދާ ވަރަށް އެތަންތާ ބިންވަޅު ނަގާފައެވެ.

އިފުރު ރިސޯޓް ހުޅުވުމުގެ ކުރިން ކުރިއަށް ގެންދިޔަ މަރުހަލާގައި އޭނާ އަދާކުރި މުހިންމު ދައުރަކީ އޭނާގެ ހިދުމަތުގައި ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބެކެވެ. އޭނާގެ ހުނަރުވެރި ހިދުމަތްތައް މިހާރު ތަޖުރިބާ ކުރަމުންދަނީ ކުރުނބާ މޯލްޑިވްސްއެވެ. 

އަލީގެ މައިގަނޑު އަމާޒަކީ ހިދުމަތް ލިބިގަންނަ މީހާ ހިތުން ތުހުމުން ބަލައިގަންނަ ހިދުމަތަކަށް ދެވޭ ހިދުމަތް ހެދުމެވެ. ދުވަހުން ދުވަހަށް ހިންގާ އޮޕަރޭޝަންތައް މެނޭޖްކުރުމުން ޚިދުމަތުގެ މިންގަނޑު މަތިކޮށް އިތުރު ކުރިއެރުންތައް ހޯދުންނޫން އެހެންކަމެއް އޭނާ ނުކުރެއެވެ. މުއާމަލާތްކުރުމާއި، ޝަކުވާތައް ހައްލުކުރުމާއި، ފެންވަރާއި ރައްކާތެރިކަމުގެ މިންގަނޑުތައް ތަންފީޒުކުރުމުގެ ގާބިލްކަމަކީ އަލީގެ ކާމިޔާބީއެވެ. ނަތީޖާއެއްގެ ގޮތުން އެއްބާރުލުމާއި އެހިތެރިކަން ކުރިއަރާފައިވާ މަސައްކަތުގެ މާހައުލެއް އޭނާއާއި އެކު އުފެދިފައިވެއެވެ.

އަލީ ހުސްވެ ހުންނަނީ އޭނާގެ ޓީމް މެމްބަރުންގެ މެދުގައި ހިނގާ ނުތަނަވަސްކަން ނައްތަލާ ކަންބޮޑުވުންތައް ހައްލުކޮށްދީ ފަހި ހީވާގި މުރާލި ހިދުމަތްތެރި މަސައްކަތު ވެއްޓެއް ގާއިމުކޮށް ދެމެހެއްޓުމަށެވެ. އަޑުއަހާ ވާހަކަ ދެކެވޭ މަޝްވަރާ ކުރެވޭ އިހުތިރާމާއި ކުލުނުވެރި މާހައުލެއް ނަގަހައްޓާ ދެމެހެއްޓުމަކީ އަލީގެ ޓިމްވޯކް ސިފައެވެ. އަގުވަޒަން ކުރުމާ ހިތްވަރު ދިނުމަކީ އަލީއަށް ކުރެވޭ އިތުބާރުގެ ސިއްރެވެ. އަލީ ވަނީ ޓީމުގެ ޖުމްލަ ކާމިޔާބީއަށް އެހީތެރިވެދޭ އެއްބައިވަންތަ މަސައްކަތުގެ މާހައުލެއް ކަށަވަރުކޮށްދީފައެވެ.

މެހެމާންދާރީގެ ދާއިރާގައި އަލީ އިސްމާއީލް ސާބިތުވެ ހުރީ ޝައުގުވެރިކަމާއި، ޚިދުމަތްތެރިކަމާއި، މޮޅުވުމަށް އަޒުމު ކަނޑައަޅައިގެން ކުރިއަށް ދިޔަދިޔުމުންނެވެ. ރިސޯޓްތަކުން ފެށިގެން ކުރުނބާ މޯލްޑިވްސްގައި އަދާކުރަމުންދާ ދައުރުން ދައްކުވާދެނީ އަމިއްލަ މަސައްކަތުން ހޯދި ކާމިޔާބީތަކުން މެހެމާންދާރީ އަދާކުރުމުގެ ސިނާއަތަށް އަގުބޮޑު ޖަވާހިރަކަށްވެފައި ވާކަމެވެ. ދާއިރާއަށް ހިދުމަތް ކުރުމުގައި ހާސިލުވި އުސްމިންތަކަކީ އަލީ އިސްމާއީލު ކުރަމުންދާ ދަތުރުގެ ނިމުމެއް ނޫނެވެ.

]]>
Mon, 20 Nov 2023 16:00:36 +0500 ހީރަސްނިއުސް
ޝަބާނާ އާދަމްގެ 25 އަހަރުގެ ހިދުމަތަށް އެސްޓީއޯގެ ޝުކުރު https://heerasnews.com/1389 https://heerasnews.com/1389 ހީވާގިކަމާ އަމާނާތްތެރިކަމާއެކު ދިގު މުއްދަތެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގުވަޒަން ކުރުމަކީ އެސްޓީއޯއިން ފަހުރުވެރި ކަމާއެކު ފާހަގަ ކުރާކަމެކެވެ. މިފަދަ މުވައްޒަފުންނަކީ އެސްޓިއޯއިން ދެކެނީ އެއީ އެކުންފުނީގެ އުޖާލާ ދުރުމުސްތަޤްބަލް ގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުން ގެންދާ މޭސްތެރިން ކަމުގައެވެ.

އެ ގޮތުން އެސްޓީއޯ އިންވަނީ  ޝަބާނާ އާދަމް، އެ ކުންފުނީގައި ހޭދަކުރި 25 އަހަރުގެ ދިގު މުއްދަތަށް ޓަކައި ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. ޝަބާނާ އަކީ އެނާޖީ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޑިޕާޓްމަންޓުގައި ސޭލްސް ކޯޑިނޭޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ފަރާތެކެވެ.

އެސްޓިއޯއަށް ހިދުމަތް ކުރުގައި މިއަދާ ހަމައަށް ވެސް އޭނާ ވަނީ އާދަޔާ ހިލާފު ހުނަރުތަކާއި އިންޑަސްޓްރީގެ ފުރިހަމަ އިލްމާއި މަސައްކަތުގެ ހަރުދަނާ އަޚްލާޤެއް ދައްކުވައިދީފައެވެ. ފާހަގަ ކޮށްލެވޭ ނަތީޖާ ތަކެއް ނެރެދިނުމަށާއި ކަސްޓަމަރުންނަށް ހިދުމަތެއް ފޯރުކޮށްދިނުމަށް ޝަބާނާގެ ދައުރަކީ އެ ކުންފުންޏަށް އަގުނުކުރެވޭ ވަރުގެ އެސެޓެއްކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

އެސްޓީއޯގެ އެދުމަކީ ޝަބާނާ ދައްކަމުން އެގެންދާ މިސާލުގައި އެ ކުންފުނީގައި ދެންތިބި މުވައްޒަފުންވެސް ނަމޫނާ އަކަށް ބަލައިގެން އޭގައި ހިފެހެއްޓުމެވެ. ޝަބާނާ ގެ މި މުހިންމު ކާމިޔާބީ ފާހަގަ ކުރަމުންދާއިރު، އެސްޓީއޯއިން ވަނީ އޭނާ އެތައް އަހަރެއް ވަންދެން ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކޮށް، ކުރިއަށް އޮތް ތަނުގައި ވެސް ޝަބާނާ ކުރަމުން ގެންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިފައެވެ. ޝަބާނާގެ ހިދުމަތްތަކަކީ އެސްޓީއޯގެ ކުރިއެރުމުގެ ބިންގަލާއި ސަގާފަތް ބައްޓަންކޮށް، ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މުވައްޒަފުންގެ އަގުހުރި ޚިދުމަތްތަކުގެ ހަނދާން އާކޮށްދޭ ކާމިޔާބީތަކެކެވެ.

]]>
Mon, 15 May 2023 17:54:36 +0500 އުރޫ