Maldives Real Time Facts & : ދޭސީ ހަބަރު https://heerasnews.com/rss/category/ހަބަރު Maldives Real Time Facts & : ދޭސީ ހަބަރު dv ކޮޕީރައިޓް: Heeras news llp (P01362021) ގާނޫނުގެ ވެރިކަމެއް ކުރަން ސަރުކާރުން ދަސްކުރަންޖެހޭ: ޝާހިދު https://heerasnews.com/4361 https://heerasnews.com/4361 އިންތިހީބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލިއްޖެތޯ ނޫންތޯ ކަނޑައެޅުމަށް ގާނޫނީ އިޖުރާއަތްތަކެއް ކަނޑައެޅިފައި އޮންނަ ކަމަށެ ވިދާޅުވެ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެލްޖޭއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ގާނޫނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިން ޖެހުމަށްފަހު، ވ.އަތޮޅު ތިނަނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ އަކީ އެމްޑީޕީގެ މެންބަރަކަށް ވީތީ ސިޔާސީ ކުލަ ޖެހިފައިވާ ފިޔަވަޅެއް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ވ.ތިނަދޫ ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ޝުޖާއު އަލީއަށް ގެއްލިއްޖެ ކަމަށް ނިންމާ ލޯކަލް ގަވަމެންޓް އޮތޯރިޓީއިން އަންގާފައިވާ އެންގުން އަނބުރާ ގެންދަން ޖެހޭކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.  ގާނޫނުގެ ވެރިކަން ކުރަން ސަރުކާރުން ދަސްކުރަން ޖެހޭ ކަމަށއވެސް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު އެކްސްގައި އެ މޭރުމުން ޕޯސްޓެއް ކުރެއްވީ މި ހިނގާ ކައުންސިލް ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރި ކަމަށް ބުނެ ޝުޖާއުގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ރަސްމީކޮށް ކަނޑައަޅާފައި ވާތީއެވެ.

އެލްޖީއޭގެ ނޫސްބަޔާނުގެ ހުލާސާ:

މި އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބަށްފަހު، ޝުޖާއު އަލީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގައި މެއި 19 ގައި ދަފުތަރުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން އެލްޖީއޭއަށް އަންގާފައި ވާތީ ޖޫން 30، 2026 ގައި ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމުން ނިންމާފައިވަނީ ޝުޖާއުގެ މަގާމު ހުސްވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ޝުޖާއު ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައެވެ. ނަމަވެސް، ދަ ޑިމޮކްރެޓްސް އޭޕްރިލް 11، 2026 ގައި ވަނީ އުވާލަފައެވެ. 

ޕާޓީއެއް އުވާލުމާ ގުޅިގެން އެހެން ޕާޓީއަކާ ގުޅުމަކީ ކައުންސިލްގެ ގޮނޑި ގެއްލެންޖެހޭނެ ސަބަބެއް ކަމަށް ޝުޖާއު އަލީ ގަބޫލެއް ނުކުރައެވެ. 

]]>
Sat, 04 Jul 2026 21:43:43 +0500 ނިއުސް ޑެސްކް
ދަށްގޮހޮރުގައި ހުއްޓަސް ދަމާނެރޭނަން: ރައީސް ޔާމީނު https://heerasnews.com/4357 https://heerasnews.com/4357 ދައުލަތުގެ މުހިންމު ކުންފުނިތަކާއި ޕޯޓުތައް ގަންނަން އުޅޭ ފަރާތްތަކަށާއި މުއިއްޒު ސަރުކާރަށް ރައީސް ޔާމީނު ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. ދައުލަތުގެ ކުންފުންޏެއް ޕޯޓެއް މިހާރު ވިއްކާލި ކަމަށްވިޔަސް އެތަނެއް އަތުލާނެ ކަމަށާއި ބަދަލުވެސް ނުދޭނެ ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމަށް ދެން އަންނާނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ކަމަށާއި ޕީއެންއެފް ވެރިކަމެއްގައި ކަންތައް ކުރާނެ ގޮތް ވިދާޅުވެ ދެއްވާ ދައުލަތުގެ ކުންފުނިތަކާއި ޕޯޓްތައް ގަންނަން އުޅޭ ފަރާތްތަކަށް ދުރާލާ އިންޒާރު ދެއްވާ ކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ.  

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވީ ދައުލަތުގެ މުދާ ވިއްކާލުމުގައި ބައިވެރިވާ ފަރާތްތައް، އެއީ ކިތަންމެ ނުފޫޒުގަދަ ނުވަތަ ބޮޑު އާއިލާއެއްގެ ބޭފުޅުން ކަމުގައި ވިޔަސް، އެ މީހުންގެ މައްސަލަތައް ބައްލަވައި، އެ ވިއްކައިގެން ހޯދާ ފައިސާ "ދަށް ގޮހޮރުގައި ހުއްޓަސް" ހޯއްދަވާނެ ކަމަށެވެ.

"ގަންނަން އުޅޭ މީހުންގެ ގާތުގައި މި ބުނަނީ ވިއްކާ މީހުންގެ މައްސަލަތައް އަޅުގަނޑުމެން ބަލާނަމޭ. އެ މީހުންނަށް ނުތިބެވޭނެ މަޑެއްކޮށް. މީގެ ތެރޭގައި ވިއްކަނީ ކިތަންމެ ބޮޑު މީހަކަށް ވިޔަސް، އަދި އޭނާގެ އާއިލާ ކިތަންމެ ބޮޑު ކަމުގައި ވިޔަސް، އެ މީހުންގެ މައްސަލަ ބަލާނަން،" ރައީސް ޔާމީނު ވިދާޅުވިއެވެ.

އެއާޕޯޓު އަތުލުމުން ޖީއެމްއާރް ކުންފުންޏަށް ދިވެހި ސަރުކާރުން ބަދަލު ދޭންޖެހުމުން ބަދަލު ދިންނަމަވެސް މިފަހަރު ޕޯޓާއި ދެން ހުރި ތަންތަން ވިއްކާލައިފިނަމަ އަމަލުކުރާނެ ގޮތް މުޅިން ތަފާތުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނު ވިދާޅުވީ މުއިއްޒު ސަރުކާރުން ވިއްކާލާ ތަންތަން ދައުލަތަށް އަތުލާއިރު ދިވެހި ސަރުކާރުން އެއްވެސް ބަދަލެއް ނުދޭނެ ކަމަށެވެ. މުއިއްޒު ސަރުކާރުން ވިއްކާ ތަންތަން ގަންނަ ފަރާތްތަކުން ޖެހޭނީ ވިއްކި ބައެއްގެ އަތުން ފައިސާ ހޯދަން ކަމަށްވެސް ޔާމީނު ވިދާޅުވިއެވެ.

މުއިއްޒު ސަރުކާރުން ތަނެއް ވިއްކާލިޔަސް ވިއްކާލާ ތަންތަން ހަމަ ދިވެހިރާއްޖޭގައި ހުންނާނެ ކަމަށް ވިދާޅުވަމުން ޔާމީން ވިދާޅުވީ އެ ތަންތަނަށް ހިނގާނީ ދިވެހި ވެރިކަމުގެ ހުކޫމާތުގެ ބާރު ކަމަށެވެ. 

]]>
Fri, 03 Jul 2026 15:06:23 +0500 ނިއުސް ޑެސްކް
ޑޮލަރުގެ ކަޅުބާޒާރުގެ ރޭޓު ބީއެމްއެލް އިން ރަސްމީކޮށްފި: ފައްޔާޒު https://heerasnews.com/4346 https://heerasnews.com/4346 ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތައް އިންތިހާއަށް ދަނިކޮށް ބީ.އެމް.އެލް އިން ރަސްމީކޮށް ޑޮލަރުގެ ކަޅު ބާޒާރަށް ވަނުމަކީ ބޭރުފައިސާގެ ގާނޫނުތަކާއި ގަވައިދުތައް މުގުރާލުން ކަމަށް ކުރީގެ އެކޮނޮމިކް މިނިސްޓަރ އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ދާއިމީ ގޮތެއްގައި ބޭރު ފައިސާ ފޯރުކޮށްދިނުމުގެ ކަށަވަރުކަން ހޯދާދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް ނުކުޅެދިފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ބޭރު ފައިސާގެ ގާނޫނުތަކާއި ގަވާއިދުތަކަށް ގޮންޖަހައި، އެ ގަވައިދުތަކާ ގާނޫނުތައް މުގުރާލުމަށް ފާޅުކަން ބޮޑު ގައިރު ގާނޫނީ ކަންތައްތަކެއް ކުރަމުންދާ ކަން ފައްޔާޒު ފާހަގަ ކުރައްވައެވެ. ބީއެމްއެލް އިން މިވަރުގެ ކަމެއް ކުރާއިރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ކޮބައިތޯ ފައްޔާޒު ސުވާލު އުފައްދަވައެވެ.

ރަސްމީ ނިޒާމުގެ ތެރެއިން ހުރި އުނިކަންތައްތައް އިސްލާހުކުރުމުގެ ބަދަލުގައި، ނުވަތަ ދައުލަތުގެ ރިޒާވްގެ ހާލަތު ރަނގަޅުކުރުމުގެ ބަދަލުގައި، ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ގަންނަން ބީ.އެމް.އެލް އަށް މަޖުބޫރުވެފައިވާ ކަމަށް ފައޔާޒު ވިދާޅުވެއެވެ. "އިންވެސްޓްމަންޓެއް" ކަމަށް ބުނެ ކިތަންމެ ބަހަނާއެއް ދެއްކި ނަމަވެސް، މިއީ އެމް.އެމް.އޭގެ އެއްވެސް ހުއްދައެއް ނެތި، ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު ރަސްމީކުރުން ނޫން ދެވަނަ ކަމެއް ނޫންކަމަށް ފައްޔާޒު ވިދާޅުވެއެވެ. 

ފައްޔާޒު ވިދާޅުވާ ގޮތުގައި މިކަން މިގޮތަށް ހިނގަމުން މިދަނީ، ދިވެހިން ރާއްޖޭން ބޭރުގެ ބާޒާރުތަކުގައި ކުރާ ހަރަދުތައް ކޮންޓްރޯލްކުރުމަށް އޮޅުންބޮޑު އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. މިއީ ސަރުކާރުގެ ނާގާބިލުކަން ހުރި މިންވަރު ހާމަކޮށްދޭ ސާފު ހެއްކެއް ކަމަށްވެސް ފައްޔާޒު ވިދާޅުވެއެވެ. ބީ.އެމް.އެލް މެދުވެރިކޮށް ގައިރު ގާނޫނީ ގޮތެއްގައި ޑޮލަރު ގަތުމަކީ، ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް އޮތް ހައްލެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މިގޮތަށް ކުރާ ހުރިހާ ކަމެއްގެ އަސްލަކީ، ދޮގު ވައުދުތަކެއް ފިޔަވައި ދާއިމީ އެއްވެސް ހައްލެއް ސަރުކާރުގެ އަތުގައި ނެތުން ކަމަށް ވިދާޅުވަމުން ފައްޔާޒް ވިދާޅުވީ އަމިއްލަ ވިޔަފާރިތަކާއި ދައުލަތުގެ ކުންފުނިތަކުގެ ބޭރު ފައިސާ، ދަރަނި ދެއްކުމަށް ބޭނުންކޮށްފައި، އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ސަރުކާރުން ދަނީ ސިފަކުރަމުން ކަމަށެވެ. ނަމަވެސް އޭގެ ނަތީޖާއަކީ އާންމު ރައްޔިތުން ޑޮލަރު ހޯދުމަށް ދަތިތަކެއްގެ ތެރޭގައި ތަޅުވަން ޖެހުމެވެ. 

" ބޭންކުން ހޯދަން މަސައްކަތްކުރާ ޑޮލަރު ސުކޫކަކީވެސް ކައިރި މުސްތަގުބަލެއްގައި ހާސިލުވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އަދި ބޭރު ފައިސާގެ މި ދަތިކަމުން އަރައިގަތުމަށް ހަރުދަނާ އެއްވެސް ރޭވުމެއް ނެތެވެ. މިއީ ވަގުތީ ފަރުވާއަކުން ހައްލުވާނެ ކަމެއް ނޫނެވެ. އަދި ކިތަންމެ ވަރަކަށް ކަންކަން ފޮރުވަން އުޅުނަސް، ދާއިމީ ގޮތެއްގައި ހަގީގަތެއް ނުފޮރުވޭނެއެވެ." ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވަނީ އިގުތިސޯދު ރަނގަޅު ކުރެވޭނީ ދުރު ރާސްތާގެ ހަރުދަނާ ސިޔާސަތުތަކާއި ހިންގުންތެރިކަން އިސްކޮށްގެންކަމަށެވެ. 

އޮނަރަބަލް ފައްޔާޒު މިމޭރުމުން އެކްސްގައި ޕޯސްޓެއްކުރެއްވީ އިންވެސްޓް ކުރުމުގެ ނަމުގައި އާއްމުން އަތުން 19.30 ރިފިޔާއަށް ބީއެމްއެލްއަށް ޑޮލަރެއް ގަންނަން ހަމަޖައްސާ އިއުލާނުކުރުމާއި ގުޅިގެންނެވެ.

]]>
Wed, 01 Jul 2026 01:21:31 +0500 ނިއުސް ޑެސްކް
ގައުމުގެ ހުންގާނު ވަނީ މަރުމޯލެއްގެ އަތްމައްޗަށް ދޫވެފާ: ޑރ. އިޔާޒު https://heerasnews.com/4344 https://heerasnews.com/4344 އެމްޑީޕީގެ މިހާރު އޮތް ލީޑަރޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އެކަމާ ދެކޮޅުހެދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރ އިބްރާހީމް މުހައްމަދު ގޮވާލި ގޮވާލުމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ހޫނު ރައްދެއް ދެއްވައިފިއެވެ. 

ޑރ. އިޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސޫރަތުލް މާއިދާގެ 8 ވަނަ އާޔަތުގެ މާނާގައިވެއެވެ. "ތިޔަބައިމީހުން ބަޔަކު މީހުންނާއި އޮންނަ ރުޅިވެރިކަމެއް އެއީ އަދުލުވެރި ނުވުމުގެ މައްޗަށް ބާރު އަޅާ ކަމެއް ކަމުގައި ނުހަދާށެވެ."

ޑރ. އިޔާޒު ވިދާޅުވާ ގޮތުގައި "އަނެއްކޮޅުން މީސްތަކުންގެ ހިތްފަޅާފައި ބަލާކަށް އިސްލާމްދީނުގައި އަންގަވާފައެއް ނުވެއެވެ." 

އިސްލާމީ ތާރީހުން މިސާލު ޖައްސަވަމުން ޑރ. އިޔާޒު ވިދާޅުވެފައިވަނީ ހަނގުރާމައެއްގެ ތެރޭގައި ކާފަރެއް ގަތުލުވެދާނެހެން ހީވުމުން ޝަހާދަތްކީ ކަމަށާއި އޭނާ ޝަހާދަތްކީ މަރަށް ބިރުންކަމަށް ވިދާޅުވެ ސަހާބީ އޭނާ ގަތުލުކުރެއްވި ކަމަށެވެ. ނަމަވެސް، އެ ހަބަރު ރަސޫލާއަށް ލިބިވަޑައިގަތުމާއިއެކު އެކަމަށް ވަރަށް ބޮޑަށް އިންކާރު ކުރައްވާ ހަދީސް ކުރެއްވި ކަމަށް ވިދާޅުވީ "ތިބާ އޭނާގެ މޭމަތި ފަޅައިގެން ބެލީ ހެއްޔެވެ؟" މިފަދައިންނެވެ. 

ވީމާ، ހެޔޮބަހެއް ބުނިމީހާގެ ނިޔަތް ބަލާކަށް ނުޖެހޭނެކަމަށާއި އޮތީ ހެޔޮހިތުން ގަބޫލުކުރުމާއި ޒާތީ ނުވުން ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވި ގޮތުގައި މިވަގުތު މިއުޅެނީ ގައުމުގެ ހުންގާނު މަރުމޯލެއްގެ އަތްމައްޗަށް ދޫވެގެންނެވެ. އެކަން އެހެންވީ އިބްރާހީމް ޖަނާބު ( މެންބަރ އިބްރާހީމް މުހައްމަދު) މެންފަދަ ބޭފުޅުން އިސްލާމީ އުސޫލުތައް ދޫކޮށް ގޯތި ކުއްޖަކު ތަހުތުގައި ބެހެއްޓުމަށް ހެދި ބުހުތާނު ދޮގުތަކާއި، ކުރި ނުބައި އަމަލުތަކުގެ ސަބަބުން ކަމަށްވެސް ޑރ. އިޔާޒް ވިދާޅުވިއެވެ. 

ޑރ. އިޔާޒްގެ ވާހަކަފުޅަށް ތާއީދު ކުރައްވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވަނީ ކޮންމެ މީހަކު ވިޔަސް ހެޔޮ އެއްޗެއް ބުނެފިއްޔާ އޭގައި ހިފަންވާނެ ކަމަށާއި މިއީ މުސްލިމުން ކަމަށެވެ.

ހައްގުބަހެއް ބުނި މީހާގެ ޕާޓީއަކާ ކުލައަށް ބަލާކަށް ނުޖެހޭނެ ކަމަށާއި ކޮންމެ މީހަކު ބުނިކަމުގައި ވިޔަސް ހެޔޮ ބަހަކީ ހެޔޮބަސް ކަމަށް ޝައިހު އަލީ ޒައިދު ވިދާޅުވެއެވެ. އިމާމް އަބޫހުރައިރަާ އަށް ޝައިތާނާ، އާޔަތުލް ކުރުސީ ކިޔަން ބުނި ހާދިސާ ހެއްކަކަށް ފުދޭ ކަމަށްވެސް ޖަނާބަށް ދެއްވި ރައްދެއްގެ ގޮތުގައި ޝައިހު އަލީ ޒައިދު ވިދާޅުވިއެވެ. 

]]>
Tue, 30 Jun 2026 12:44:35 +0500 ހީރަސް
މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް، އަމާޒެއް ނެތުން: ޝާހިދު https://heerasnews.com/4343 https://heerasnews.com/4343 ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި "ހާއްސަ ޔުނިޓެއް" އުފެއްދުމަކީ ކުރިއެރުމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރަން ކޮންމެ މިނިސްޓްރީއެއްގައި "ހާއްސަ ޔުނިޓެއް" އުފައްދަވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ ސަރުކާރު ހިންގުމުގެ ނިޒާމު ފެއިލްވެއްޖެ ކަމަށް ރައީސް އަމިއްލަފުޅަށް އިއުތިރާފުވުން ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. 

ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުއްލާ ޝަހިދު ވިދާޅުވާ ގޮތުގައި މަޝްރޫއުތައް ބަލާނެ ފަރާތްތަކާއި އެމަސައްކަތް ކުރާނެ ފަރާތްތައް މިހާރުވެސް ނިޒާމުގައި އެބަތިއްބެވެ.

"މައްސަލައަކީ ލީޑަޝިޕެއް، ސިޔާސަތެއް އަދި އަމާޒެއް ނެތުން" ކަމަށް ޝާހިދު ވިދާޅުވިއެވެ.

އޮނަރަބަލް ޝާހީދު ތުހުމަތުކުރައްވާ ގޮތުގައި ކުރަން މިއުޅޭހާވެސް ކަމަކީ އިތުރު ސިޔާސީ ވަޒީފާތައް އުފެއްދުމެވެ. 

ރައްޔިތުން ބޭނުންވަނީ އިތުރު ޔުނިޓްތަކާއި، ޕޯޓަލްތަކާއި، ކޮމިޓީތަކާއި، ބަހަނާތަކެއް ނޫން ކަމަށާއި ރައްޔިތުން ބޭނުންވަނީ މަޝްރޫއުތައް ނިމި، ކޮންޓްރެކްޓަރުންނަށް ފައިސާ ލިބި، ވައުދުތައް ފުދުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ކަންކޮޅުގައި ހިނގަމުންއައި ތަރައްގީގެ މަޝްރޫޢުތައް ހުއްޓާލާފައިވަނީ ސީދާ މުއިއްޒު ސަރުކާރުން ކަމަށް ވެސް އެމްޑީޕީގެ ރައީސް ވިދާޅުވެއެވެ. 

]]>
Tue, 30 Jun 2026 11:38:10 +0500 ހީރަސް
ސަރުކާރު ހިންގާ މީހުން އުސްގެކޮޅަށް ވަނީ އިހުމާލުވެފާ: ތޯރިގު https://heerasnews.com/4340 https://heerasnews.com/4340 އުސްގެކޮޅު ބަލަހައްޓަން އެންމެ ރަނގަޅު މުއައްސަސާއަކީ މޯލްޑިވްސް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް ކަމަށް އަސާރީ ތަރިކަ ރައްކާތެރި ކުރުމުގެ ތަޖުރިބާކާރު މުހައްމަދު ތާރިގު ވިދާޅުވެއްޖެއެވެ. 

ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިގު އެހެން ވިދާޅުވީ މިހާތަނަށް އުސްގެކޮޅު ބެލެހެއްޓުން ހަވާލުވެފައިވާ މާލެ ސިޓީން އެތަން ވަކިކޮށް އާރޓްސް އެންޑް ކަލްޗަރ މިނިސްޓްރީން އުސްގެކޮޅު ބެލެހެއްޓުމާ ހަވާލުވުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައެވެ. 

އާސާރީތަރިކަ ރައްކާތެރިކުރުމާބެހޭ ހާއްސަ ތަޖުރިބާކާރު މަނަދޫ ތޯރިގު ވިދާޅުވާ ގޮތުގައި އުސްގެކޮޅު. ސިޓީ ކައުންސިލަށް ބެލެހެއްޓުނަސް، ނުބެލެހެއްޓުނަސް، އެ އިމާރާތް ބަލަހައްޓަން އެންމެ ރަނގަޅު މުއައްސަސާއަކީ މޯލްޑިވްސް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖްއެވެ. 

މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ކުރިން ސަރުކާރާއި މާލެ ސިޓީ ކައުންސިލްގައި ތިއްބެވި ދުވަސްވަރު އުސްކޮޅު ބެލެހެއްޓުމުގައި ފަރުވާކުޑަކުރައްވާ އިހުމާލުވެ ވަޑައިގެންފައިވާ މިންވަރު ދައްކުވާދޭ ބައެއް ފޮޓޯ އެކަމާގުޅިގެން ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓް ހިއްސާ ކުރައްވާފައިވެއެވެ. 

މިހާރު ސަރުކާރު ހިންގަވަން ތިއްބެވި ބޭފުޅުން، ކުރިން ސަރުކާރާއި ކައުންސިލްގައި ތިއްބަވައިގެން ވަނީ އެތަނުގައި ފާހާނާ ހަދައި ތަނުގެ އަސްލު ގެއްލޭ ފަދަ ކަންތަކެއް ކުރެއްވުމުގެ އިތުރުން ސައިވިއްކާތަނެއް ހިންގަން 20 އަހަރަށް ކުއްޔަށް ދެއްވާފައިކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.

]]>
Mon, 29 Jun 2026 09:12:15 +0500 ހީރަސް
މަސްތުވާތަކެއްޗާއެކު އުމައިރު އަނެއްކާވެސް ހައްޔަރުކޮށްފި https://heerasnews.com/4323 https://heerasnews.com/4323 ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގ. މޫންލައިޓްވިޔު، މުހައްމަދު އުމައިރު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. އުމައިރާއެކު ލ. ދަނބިދޫ މާޝާ އިބްރާއީމް ވެސް ވަނީ ހައްޔަރުކޮށް ފައެވެ.  

އަންގާރަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މުހައްމަދު އުމައިރު، ގ. މޫންލައިޓްވިޔު، 58، އާއި މާޝާ އިބްރާހިމް، ލ. ދަނބިދޫ، 38، ކުރިއުރު އެމީހުންގެ އަތުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންނެއެވެ. 

މާލެއިން އެ ދެ މީހުން ހައްޔަރުކޮށް އެޕާޓްމެންޓް ބަލާ ފާސްކުރިއިރު މަސްތުވާ ތަކެއްޗާއެކު ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހުން އަތުން ފެނުނީ ކޮން ބާވަތެއްގެ މަސްތުވާ އެއްޗެއް ކަމެއް ފުލުހުން ނުބުނެއެވެ. 

މައްސަލައިގައި އެ ދެމީހުުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އުމައިރަކީ މަސްތުވާތަކެތި ބޭނުންކޮށް ވިއްކުމުގެ ބޮޑު ރެކޯޑެއް އޮންނަ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަކީ މަސްތުވާތަކެއްޗާއި ގުޅޭ ގިނަ ހުކުމްތަކެއް ތަންފީޒު ކުރެވިފައިވާ ކަމުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.

]]>
Thu, 25 Jun 2026 14:30:47 +0500 ނިއުސް ޑެސްކް
ނޯތު ކޮރެއާ އިން އުފެއްދި އެންމެ ބޮޑު މަނަވަރު ކަމިޝަންކޮށްފި https://heerasnews.com/4320 https://heerasnews.com/4320 ނޯތު ކޮރެއާއިން އެ ގައުމުގެ އަސްކަރީ ތާރީހުގައި މިހާތަނަށް ބަނދެފައިވާ އެންމެ ބޮޑު މަނަވަރު އަންގާރަ ދުވަހު އިފްތިތާހުކޮށްފިއެވެ. 5000 ޓަނުގެ މި ޑިސްޓްރޯޔާއަކީ ނުތަނަވަސްކަމުގެ ވަގުތުތަކުގައި ނޯތު ކޮރެއާގެ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް އަސްކަރީ މާހިރުން ވިދާޅުވެއެވެ.

ނޯތު ކޮރެއާގެ ހުޅަނގު އައްސޭރީގައި އޮންނަ ނަމްޕޯ ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ، މި މަނަވަރާއެކު އެ ގައުމުގެ އަސްކަރީ ތާރީހަށް އާ ސަފުހާއެއް އިތުރުވެފައިވާ ކަމަށެވެ. އަދި ނޯތު ކޮރެއާގެ ކަނޑުގެ ސިފައިންނަށް ކުރިމަތިވެފައި އޮތް 70 އަހަރަށްވުރެ ދިގު "ހުއްޓުމަކަށް" މިހާރު ނިމުން އައިސްފައިވާ ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.

ދައުލަތުގެ މީޑިއާ ކަމަށްވާ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭ.ސީ.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިމް ވިދާޅުވީ މީގެ ކުރިން ނޯތު ކޮރެއާގެ އަސްކަރިއްޔާގައި އޮތް އެންމެ ބަލިކަށި ވިންގަކީ ކަނޑުގެ ސިފައިން ކަމަށެވެ. ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެފައިވާ ކަމަށާއި، ކަނޑުގެ ސިފައިންގެ ގާބިލުކަން ތަސައްވަރު ނުކުރެވޭ މިންވަރަށް ކުރިއަރާނެ ކަމަށް ލީޑަރ ވިދާޅުވިއެވެ.

ނޯތު ކޮރެއާގެ ކަނޑުގެ ބާރުތަކަކީ މީގެ ކުރިން ސައުތު ކޮރެއާ އާއި އެމެރިކާގެ ޒަމާނީ މަނަވަރުތަކާއި ސަބްމެރިންތަކާ އަޅާބަލާއިރު ވަރަށް ބަލިކަށި ބައެކެވެ. ނަމަވެސް އަލަށް ތައާރަފުކުރި "ޗޯ ހިޔޮން" މަނަވަރަކީ އެހެން މަނަވަރުތަކަށް ހަމަލާދިނުމަށާއި އެއްގަމަށް މިސައިލް ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާނެ މަނަވަރެއް ކަމަށް ބެލެވެއެވެ.

ކޮރެއާ އިންސްޓިޓިއުޓް ފޯ ޑިފެންސް އެނަލައިސިސްގެ ރިސާޗް ފެލޯ ޔޫ ޖީ-ހޫން ވިދާޅުވި ގޮތުގައި، މިއީ ނޯތު ކޮރެއާގެ ކަނޑުގެ ސިފައިންގެ އޮނިގަނޑަށް އައި ބޮޑު ބަދަލެކެވެ. މީގެ ކުރިން އެ ގައުމުން ބަރޯސާވަމުން އައީ އައްސޭރިފަށުގެ ހިމާޔަތަށް ކުދި އުޅަނދުތަކާއި ސަބްމެރިންތަކަށެވެ. ނަމަވެސް މިހާރު އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލްގެ ނުރައްކާ ކަނޑުގެ ސަރަހައްދުތަކަށް ފުޅާކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކިމް ޖޮންގް އުން ވިދާޅުވި ގޮތުގައި، "ޗޯ ހިޔޮން" އަކީ ނޯތު ކޮރެއާއިން ބަންނަން ނިންމާފައިވާ ޒަމާނީ މަނަވަރުތަކުގެ ތެރެއިން ފުރަތަމަ އުޅަނދެވެ. އަދި ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ބޮޑެތި މަނަވަރުތައް ބަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަސައްކަތުގައި ކުރިމަތިވި ބައެއް ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން، ކަނޑުގެ ބާރު ވަރުގަދަކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް ކިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ސޯލްގެ އެވަހް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ލީފް-އެރިކް އީޒްލީ ވިދާޅުވި ގޮތުގައި، މިހާ އަވަސް މިނެއްގައި މަނަވަރުތައް ބަންނަމުން ދިއުމަކީ ރަޝިޔާގެ ފަންނީ އެހީތެރިކަން ނޯތު ކޮރެއާއަށް ލިބެމުންދާ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ. ނަމަވެސް ބައެއް މާހިރުން ދެކޭ ގޮތުގައި، ސައުތު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ބާރާ އަޅާބަލާއިރު ނޯތު ކޮރެއާ އަދިވެސް އުޅެނީ މާ ފަހަތުގައެވެ.

އެމެރިކާގެ ޕެސިފިކް ކޮމާންޑްގެ ކުރީގެ ޑައިރެކްޓަރެއް ކަމަށްވާ ކާލް ޝޫސްޓަރ ވިދާޅުވީ، މި މަނަވަރުގެ ސަބަބުން ސައުތު ކޮރެއާއަށް ސީދާ އާ ނުރައްކަލެއް ކުރިމަތިނުވި ނަމަވެސް، މިކަމުގެ ސަބަބުން އެމެރިކާ، ޖަޕާން އަދި ސައުތު ކޮރެއާގެ ފާރަވެރިކަން އިތުރުކުރަން ޖެހޭނެ ކަމަށެވެ. އަދި 5،000 ޓަނުގެ ބޮޑު މަނަވަރެއް އޮތުމަކީ، އދ. އިން ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށްވެސް އޮތް ހުރަހަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެއަކަސް، މި އާ މަނަވަރަކީ ސައުތު ކޮރެއާގެ ސަލާމަތަށް އޮތް ބުރައެއްގެ ގޮތުގައި އެ ގައުމުގެ މާހިރުން ދެކެވަޑައިގަންނަވައެވެ.

]]>
Wed, 24 Jun 2026 15:47:40 +0500 ހީރަސް
ކެތަން ފަރުބަދަމަތިން ވައްޓާ މަރާލީ ވާންއުޅުނު އަނބިމީހާ https://heerasnews.com/4319 https://heerasnews.com/4319 ޕޫނޭގެ ރިޔަލްސްޓޭޓް ވިޔަފާރިވެރިޔާ ކެތަން އަގަރުވާލް މަރުވީ ފަރުބަދަމަތިން ވެއްޓިގެން ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި ކަމަށް ކުރިން ބެލެވުނު ހާދިސާއަކީ، ރޭވުންތެރިކަމާއެކު ހިންގާފައިވާ ނުރައްކާތެރި މަރުގެ މައްސަލައެއްކަން ފަޅާއަރައިފިއެވެ. ޕޫނޭ ރޫރަލް ޕޮލިހުން ތުހުމަތުކުރާ ގޮތުގައި، ރިއަލް އެސްޓޭޓް ވިޔަފާވެރިޔާ ކެތަން އަގަރްވާލް މަރާލާފައިވަނީ އޭނާކައިވެނި ކުރަން ނިންމާފައިވާ އަންހެން ކުއްޖާ ސިޔާ ގޯޔަލް އާއި، އޭނާއާ ގުޅުން އޮންނަކަމަށް ބުނާ ޗެތަން ޗައުދަރީ ގުޅިގެން ރޭވި ރޭވުމެއްގެ ދަށުންނެވެ.

ކެތަން އަގަރުވާލް މަރުވީ މަހާރާޝްތުރާގެ ލޯހަގަދް ފޯޓަށް ދަނިކޮށް ޖޫން މަހުގެ 18 ވަނަ ދުވަހު ފަރުބަދަމަތިން ވެއްޓިގެންނެވެ. އެހެން ނަމަވެސް މައްސަލައިގެ ހަގީގަތް ހާމަވުމަށް މުހިންމު ހެކިތަކެއް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ބުނެއެވެ. އޭގެ ތެރޭގައި، ޖޫން މަހުގެ ގަދަ ހޫނުގައި ވެސް "ހޫޑީ" އެއް ލައިގެން ހުރި މީހަކު، ކެތަން އާއި ސިޔާ ފޯޓަށް ދިޔަ ވަގުތު އެމީހުންގެ ފަހަތުން ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނުން ހިމެނެއެވެ.

ހާއްސަކޮށް ސިޔާ ގޯޔަލް ދިން ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމުން، 26 އަހަރުގެ ކެތަންގެ މަރުގެ ހާދިސާއާ މެދު ފުލުހުންގެ ޝައްކުތައް އިތުރުވިއެވެ. އަދި ތަހުގީގު ފުންކޮށް ކުރިއަށް ގެންދިޔައެވެ.

ތަހުގީގުން އެނގުނު ގޮތުގައި، ޖޫން 18 ގައި ހިނގި މި ހާދިސާގެ ކުރިން ވެސް ކެތަން މަރާލުމަށް ތުހުމަތުކުރެވޭ ފަރާތްތަކުން ނާކާމިޔާބު އެތައް މަސައްކަތެއް ކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، އެއް ފަހަރަކު ހަރުފައެއްގެ ކިބައިން ސަލާމަތްކޮށްދޭ ކަމަށް ހެދިގެން ކެތަން ކޮއްޕާލަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. އަދި އެހެން ފަހަރުތަކުގައި ވެސް ދިމާވި އެކި ސަބަބުތަކާ ހުރެ އެމީހުންގެ ރޭވުންތައް ނާކާމިޔާބުވީއެވެ.

މުޅި މައްސަލައިގެ ފޯކަސް ބަދަލުވެގެން ދިޔައީ، ސިޔާ އާއި ޗެތަންއާ ދެމެދު އޮތް ސިއްރު ގުޅުމުގެ ހެކި ތަހުގީގަށް ލިބުމާ ގުޅިގެންނެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި، މިއަހަރު ފަހުކޮޅު ކުރަން ހަމަޖެހިފައިވާ ކައިވެންޏަށް ކެތަންއަކީ ހުރަހެއް ކަމަށް ދެކި، އޭނާ ދުނިޔެއިން ނައްތާލުމަށް މި ދެމީހުން ރޭވީއެވެ. މީގެ އިތުރުން، ބާލީއަށް ކުރަން އޮތް ދަތުރެއް ކެންސަލްވުމާއި، ޕާސްޕޯޓެއް ގެއްލުން ފަދަ ޝައްކު އުފެދޭ ކަންތައްތަކެއް ވެސް ތަހުގީގީ ޓީމުން ދަނީ ބަލަމުންނެވެ.

ކެތަންގެ މަރު ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ލޯހަގަދް ކޯޓުގެ ފުން ގަނޑެއްގެ ތެރެއަށް ވެއްޓިގެން ހިނގި އެކްސިޑެންޓެއްގެ ގޮތުގައެވެ. ނަމަވެސް، ކެތަންގެ އާއިލާއިން އުފެއްދި ޝައްކުތަކާ ގުޅިގެން ފުލުހުން މައްސަލަ އަލުން ބަލައި، ސިޔާ ގޯޔަލް އާއި ޗެތަން ޗައުދަރީ، ގަސްތުގައި މީހަކު މެރުމާއި ޖިނާއީ ރޭވުމެއް ރޭވިކަމުގެ ތުހުމަތުގައި މިހާރު ވަނީ ހައްޔަރުކޮށްފައެވެ. 

]]>
Wed, 24 Jun 2026 15:07:36 +0500 ހީރަސް
ކުޑަކުއްޖަކު އޭނާގެ އާއިލާގެ ތިން މީހަކު މަރާލައިފި https://heerasnews.com/4315 https://heerasnews.com/4315 އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު، އޭނާގެ ބޭބެއާއި ފަހަރީގެ އިތުރުން އެމީހުންގެ ތިން އަހަރުގެ ދަރިފުޅު ނިދާފައި ތިއްބާ ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފިއެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 22 (ހޯމަ) ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގޯރަކްޕޫރު ޑިސްޓްރިކްޓްގައެވެ.

ހާދިސާގެ އުސްއަލި

  • ހާދިސާ ހިނގި ގޮތް: ތުހުމަތު ކުރެވޭ 16 އަހަރުގެ ކުއްޖާ އޭނާގެ އާއިލާގެ މެންބަރުންނަށް ހަމަލާދީފައިވަނީ ފަތިހު 3:00 ހާއިރު އެމީހުން ކޮޓަރީގައި ނިދާފައި ތިއްބައެވެ. މި ހަމަލާ ދިނުމަށް އޭނާ ބޭނުންކޮށްފައިވަނީ ތޫނު ހަތިޔާރެކެވެ.
  • މަރުވި މީހުން: މި ޖަރީމާގައި މަރުވެފައިވަނީ އެ ކުއްޖާގެ ބޭބެ އަމިތު ގުޕްތާއާއި، ބޭބެގެ އަންހެނުން ރަންޖަނާއާއި، އެދެމަފިރިންގެ ތިން އަހަރުގެ ދަރިފުޅު ރެޔާންޝް އެވެ.
  • ހާދިސާ ހިނގި ތަން: މި ހާދިސާ ހިނގާފައިވަނީ ގޯރަކްޕޫރުގެ މައި މަރުކަޒާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ބަންސްގައުން ފުލުސް އިދާރާގެ އިހުތިސާސްގެ ދަށުގައިވާ އަވަށެއްގައެވެ.

ފުލުހުންގެ ތަހުގީގާއި ފިޔަވަޅުތައް

  • ހައްޔަރުކުރުން: ބިރުވެރި މި ހާދިސާ ފަޅާއެރީ އެ ކުއްޖާގެ ބައްޕައަށް ހަޅޭކުގެ އަޑު އިވިގެން ހޭލެވުމުންނެވެ. އޭނާ ވަގުތުން އަވަށްޓެރިންނަށާއި ފުލުހުންނަށް މިކަން އެންގިއެވެ. ފުލުހުން އެ ތަނަށް ދިޔައިރު، އެ ކުއްޖާ އިނީ ލޭ ހޭކިފައިވާ ހަތިޔާރާއެކު ގޭގެ މަތީ ބުރީގެ ކޮޓަރިއެއްގައެވެ.
  • މަރާލި ސަބަބު: ފުލުހުންގެ ފުރަތަމަ ތަހުގީގުން އެނގޭ ގޮތުގައި، ރަހުމުކުޑަ މި ހަމަލާ ދިނުމަށް މެދުވެރިވީ އާއިލާއިން ހިންގާ ފިހާރައެއްގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ދެބަސްވުމެއްގެ ސަބަބުންނެވެ.
  • މިހާރުގެ ހާލަތު: އެސްޕީ (ސައުތު) ދިނޭޝް ޕޫރީ ކަށަވަރުކޮށްދެއްވި ގޮތުގައި، މަރުވި މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާފައެވެ. ކުށްކުރި ކުއްޖާ ފުލުހުންގެ ބަންދުގައި ހުރިއިރު، ފުލުހުން ދަނީ އޭނާއާ ސުވާލުކޮށް، އޭނާގެ ނަފްސާނީ ހާލަތު ވަޒަންކުރަމުންނެވެ.
]]>
Mon, 22 Jun 2026 15:23:26 +0500 ހީރަސް
ކޮލަމްބިޔާގެ ރައީސްކަން ޓްރަމްޕް ތާއިދުކުރާ މިލިޔަނަރ ކާމިޔާބުކޮށްފި https://heerasnews.com/4314 https://heerasnews.com/4314 ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވާ، ކޮލަމްބިއާގެ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ މުއްސަނދި ވަކީލު އަދި އަމިއްލައަށް "އައުޓްސައިޑަރެއް" ގެ ގޮތުގައި ސިފަކުރައްވާ އަބެލާޑޯ ޑި ލަ އެސްޕްރިއޭލާ، އެ ގައުމުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވައިފިއެވެ. އޭނާ މި އިންތިހާބު ކާމިޔާބު ކުރެއްވީ ވާތު ފިޔައިގެ ސެނެޓަރ އިވާން ސެޕޭޑާއާ ވާދަކުރައްވައެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓުގެ %99.99 ގުނާ ނިމުނުއިރު، އެސްޕްރިއޭލާއަށް ލިބިވަޑައިގަތީ 12.96 މިލިއަން ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %49.66 އެވެ. އޭނާއާ ވާދަކުރެއްވި ސެޕޭޑާއަށް ލިބިވަޑައިގަތީ 12.7 މިލިއަން ވޯޓެވެ. އެޢި %48.7 އެވެ. ދެ ކެންޑިޑޭޓުންގެ ދެމެދުގައި ހުރީ އެންމެ 250,830 ވޯޓުގެ ތަފާތެކެވެ. މީގެ އިތުރުން %1.6 ވޯޓަކީ ބާތިލު ވޯޓެވެ.

މީގެ ތިން ހަފުތާ ކުރިން ބޭއްވުނު އިންތިހާބުގެ ފުރަތަމަ ބުރާ އަޅާބަލާއިރު، މިފަހަރުގެ ނަތީޖާގެ ފަރަގު ވަނީ ކުޑަވެފައެވެ. ފުރަތަމަ ބުރުގައި އެސްޕްރިއޭލާ ކުރި ހޯއްދެވީ 673,000 ވޯޓުގެ ތަފާތަކުންނެވެ.

އެސްޕްރިއޭލާގެ މި ކާމިޔާބީއާއެކު، ކޮލަމްބިއާގެ ސިޔާސީ މިސްރާބު އަނެއްކާވެސް ކަނާތު ފިޔައިގެ ފިކުރަށް ވަނީ އެނބުރިފައެވެ. މިއީ އެ ގައުމުގެ ފުރަތަމަ ވާތު ފިޔައިގެ ރައީސް ގުސްތާވޯ ޕެޓްރޯގެ ހަތަރު އަހަރުގެ ދައުރަށްފަހު އައި ބަދަލެކެވެ. ގާނޫނުއަސާސީ ހުރަސްއަޅާތީ ދެވަނަ ދައުރަކަށް ކުރިމަތިނުލެއްވުނު ޕެޓްރޯ ތާއީދުކުރެއްވީ ސެޕޭޑާއަށެވެ.

މި ނަތީޖާއަކީ މުޅި ލެޓިން އެމެރިކާ ސަރަހައްދުގައި ކަނާތު ފިޔައިގެ ހަރުކަށި ކެންޑިޑޭޓުންނަށް ލިބެމުންދާ ކާމިޔާބީގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ. މީގެ ކުރިން ހޮންޑިއުރަސްގައި ނަސްރީ އަސްފޫރާ އަދި ޗިލީގައި ހޯޒޭ އެންޓޯނިއޯ ކާސްޓް ވަނީ ކާމިޔާބީ ހޯއްދަވާފައެވެ. އަދި ޕެރޫގެ ވޯޓު ގުނުމުގެ ކުރީގައި އުޅުއްވަނީ ކެއިކޯ ފުޖިމޯރީއެވެ.

އެހެން ކެންޑިޑޭޓުންނެކޭ އެއްފަދައިން، އެސްޕްރިއޭލާއަށް ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދު ލިބިވަޑައިގަތެވެ. ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި "އޭނާ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި" ކަމަށް ވިދާޅުވެ މަރުހަބާ ވިދާޅުވެފައެވެ.

އޭނާގެ ކެމްޕޭން ހެޑްކުއާޓަރު ހުންނަ ބަރަންކުއިލާގައި ދެއްވި ކާމިޔާބީގެ ހިތޯބުގައި، އެސްޕްރިއޭލާ ވަނީ ގާނޫނުއަސާސީއަށް އިހުތިރާމްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ކެމްޕޭން ތެރޭގައި ވާތު ފިޔައިގެ ފިކުރު "ނައްތާލާނެ" ކަމަށް ވިދާޅުވި ނަމަވެސް، އޭނާއަކީ ހުރިހާ ކޮލަމްބިއާ ރައްޔިތުންގެ ރައީސް ކަމުގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭނާއަށް ވޯޓު ނުދޭ މީހުންގެ ހައްގުތަކަށް ވެސް އިހުތިރާމްކުރާނެ ކަމަށާއި، ތަފާތު ހިޔާލުތަކަށް ޖާގަ އޮންނާނެ ކަމަށެވެ.

އެމެރިކާގެ ކޮންގްރެސް މެންބަރު މާރިއާ އެލްވީރާ ސަލާޒާ އާންމުކުރެއްވި ވީޑިއޯއެއްގައި އެސްޕްރިއޭލާ ވިދާޅުވީ، ކޮލަމްބިއާގެ މައްސަލަތައް ހައްލުކުރުމަށް އެމެރިކާއާއެކު ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވެސް ވަނީ އެސްޕްރިއޭލާއަށް މަރުހަބާ ވިދާޅުވެ، ސަރަހައްދީ ސަލާމަތާއި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިހާރުގެ ރައީސް ޕެޓްރޯ މަގާމުން ވަކިވެވަޑައިގަތުމުން، މުޅި ސަރަހައްދުގައި ވާތު ފިޔައިގެ ސަރުކާރުތައް އޮންނާނީ ހަމައެކަނި މެކްސިކޯ، ބްރެޒިލް، އުރުގުއާއީ އަދި ގުއަޓެމާލާގައެވެ.

ޕެޓްރޯ ވަނީ ވޯޓު ގުނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރައްވައި، ރަސްމީ ނަތީޖާ އިއުލާނުކުރަންދެން ނަތީޖާ ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ސެޕޭޑާ ވެސް ވަނީ މި ނަތީޖާ ގަބޫލުކުރަން ދެކޮޅު ހައްދަވާފައެވެ. މިއާއެކު ބައެއް ސިޓީތަކުގައި މުޒާހަރާތަކެއް ވެސް ވަނީ ފެށިފައެވެ.

އެސްޕްރިއޭލާގެ ކެމްޕޭން ބިނާވެފައި އޮތީ ކުށްކުރާ ގްރޫޕްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ މައްޗަށެވެ. "އެލް ޓިގްރޭ" (ނުވަތަ މިނިކާވަގު) ގެ ނަމުން މަޝްހޫރުވެފައިވާ އެސްޕްރިއޭލާ ވަނީ ބޮޑު 10 ޖަލު ހަދައި، ކުށްވެރިންނަށް އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ވައުދުވެފައެވެ. އޭނާ ގަބޫލުކުރައްވަނީ ކުށްވެރިންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހޭ ކަމަށެވެ.

ބޮގޮޓާގައި އުފަންވި ނަމަވެސް ކެރީބިއަން ސަރަހައްދުގައި ބޮޑުވި އެސްޕްރިއޭލާއަކީ މީގެ ކުރިން ވެސް ކަނާތު ފިޔައިގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ވަކީލެއްގެ ގޮތުގައި މަޝްހޫރުވި ބޭފުޅެކެވެ. އޭނާގެ ނައިބު ރައީސަކަށް ހުންނަވާނީ އިގްތިސާދީ މާހިރު ހޯޒޭ މެނުއަލް ރެސްޓްރޭޕޯއެވެ. އެ ދެ ބޭފުޅުން މަގާމާ ހަވާލުވެވަޑައިގަންނަވާނީ އޯގަސްޓް 7 ގައެވެ.

]]>
Mon, 22 Jun 2026 14:45:38 +0500 ހީރަސް
ހަށިވިއްކާ މީހުން މެރުމުގައި 17 އަހަރު ހޭދަކުރި ސީރިއަލްކިލަރ އުމުރަށް ޖަލަށް https://heerasnews.com/4297 https://heerasnews.com/4297 އެޕްރީލް މަހު ހަތް މީހަކު މަރާލިކަމަށް އިއުތިރާފުވި އުމުރުން 62 އަހަރުގެ ކުރީގެ އާކިޓެކްޓް، ރެކްސް ހިއުއާމަންގެ މުޅި އުމުރު ޖަލުގައި ހޭދަކުރަން ޖެހޭ ގޮތަށް ހުކުމްކޮށްފިއެވެ.

ހިއުއާމަން ވަނީ 17 އަހަރު ވަންދެން ސިއްރިއްޔާތުގައި ސީރިއަލް ކިލަރެއްގެ ގޮތުގައި އުޅެފައެވެ. އޭނާ މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ހަށިވިއްކާ މީހުންނަށެވެ. އެމީހުން ކަރުގައި ހިފާ މަރާލުމަށްފަހު، އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި އޮންނަ ކަނޑުއޮޅި ސަރަހައްދަށް ހަށިތައް އެއްލާލައެވެ.

މިއެންމެން މަރާލި މައްސަލައިގެ ތަހުގީގު ފެށުނީ 2010 ވަނަ އަހަރު ގެއްލުނު އަންހެނަކު ހޯދުމުގެ ތެރޭގައި ގިނަ އަދަދެއްގެ އިންސާނީ ކަށިތަކެއް ފެނުމާ ގުޅިގެންނެވެ. މިއާއެކު އެ ސަރަހައްދުގައި ސީރިއަލް ކިލަރެއް އުޅޭކަމަށް ކަމާބެހޭ ފަރާތްތަކަށް ޔަގީންވިއެވެ. މި މައްސަލައިގައި ކުރިއެރުމެއް ލިބުނީ، ހިއުއާމަން އެއްލާލާފައި އޮތް ޕިއްޒާ ފޮއްޓެއްގެ ތެރޭގައި އޮތް ޕިއްޒާ އެތިކޮޅަކުން ފެނުނު ޑީ.އެން.އޭ މެދުވެރިކޮށް 'ގިލްގޯ ބީޗް ހޯމިސައިޑް ޓާސްކް ފޯސް' އިން އޭނާ ދެނެގަތުމުންނެވެ.

މެލީސާ ބާތެލެމީ، މޭގަން ވޯޓަރމަން، އެމްބަރ ކޮސްޓެލޯ، މައުރީން ބްރެއިނާޑް-ބާންސް، ޖެސިކާ ޓޭލަރ، ސަންޑްރާ ކޮސްޓިލާ އަދި ވެލަރީ މެކް މަރާލިކަމުގެ ހަތް ދައުވާއަށް ހިއުއާމަން ވަނީ އޭޕްރީލް 8 ވަނަ ދުވަހު އިއުތިރާފުވެފައެވެ. މީގެ އިތުރުން، އަށްވަނަ މީހެއް ކަމަށްވާ ކަރީން ވާގާޓާ މަރާލިކަމަށް ވެސް އޭނާ ވަނީ އެއްބަސްވެފައެވެ.

ޔޫ.އެސް.އޭ ޓުޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖޫން 17 ވަނަ ދުވަހު ހިއުއާމަންގެ މައްޗަށް ވަނީ ބާތެލެމީ، ވޯޓަރމަން އަދި ކޮސްޓެލޯ މަރާލި މައްސަލައިގައި ޕެރޯލްގެ ފުރުސަތެއް ނެތް ގޮތަށް އުމުރުދުވަހުގެ ތިން ޖަލު ހުކުމެއް އިއްވާފައެވެ. އަދި ބްރެއިނާޑް-ބާންސް، ޓޭލަރ، ކޮސްޓިލާ އަދި މެކް މަރާލި މައްސަލައިގައި 25 އަހަރުގެ ހަތަރު ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ޑަބްލިޔު.ބީ.އޭ.އެލް އިން ރިޕޯޓްކުރާ ގޮތުގައި، ހިއުއާމަން ހައްޔަރުކުރި ފަހުން ވޭތުވެދިޔަ ތިން އަހަރު އޭނާ ހޭދަކުރީ ވަކިން ހާއްސަކޮށްފައިވާ ގޮޅިއެއްގައެވެ. އެ ނޫހުން ބުނާ ގޮތުގައި އޭނާ ގިނަ ވަގުތު ހޭދަކުރަނީ ކުށްކުރުމާ ގުޅޭ ވާހަކަ ފޮތްތައް ކިޔުމުގައެވެ. އަދި އެހެން ސީރިއަލް ކިލަރަކާ ސިޓީ މެދުވެރިކޮށް މުއާމަލާތް ކުރި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

ހުކުމް އިއްވުމުގެ މަޖިލީހުގައި، މަރުވި މީހުންގެ އާއިލާތަކުގެ ފަރާތުން ބަޔާންތައް ދީފައިވެއެވެ. ޓޭލަރގެ ދެބެންގެ ދެދަރި ކޮއްކޮ ޖަސްމިން ރޮބިންސަން ބުނި ގޮތުގައި، މިލިއަން އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އިއްވިޔަސް އެއީ މަދު މިންވަރެކެވެ.

ބާތެލެމީ ގެއްލުނު އިރު އޭނާގެ ކޮއްކޮ އަމަންޑާ ފަންޑަރބާގްގެ އުމުރަކީ 15 އަހަރެވެ. ހުކުމް އިއްވި މަޖިލީހުގައި އޭނާ ހިއުއާމަންއާ މުހާތަބުކޮށް ބުނީ، "އަހަރެން އެދެނީ ކަލެއަށް ވޭން ލިބުމަށް" ކަމަށެވެ. ބާތެލެމީ މަރާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހިއުއާމަން އޭނާއަށް ފޯނުން ގުޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ވޯޓަރމަން ގެއްލުނު އިރު އޭނާގެ ދަރިފުޅު ލިލިއާނާ ވޯޓަރމަންގެ އުމުރަކީ އެންމެ ތިން އަހަރެވެ. ހުކުމް އިއްވި މަޖިލީހުގައި އޭނާ ބުނީ، އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އޭނާގެ މުޅި ދުނިޔެ ބަދަލުވެގެން ދިޔަ ކަމަށެވެ.

ސަފޮކް ކައުންޓީގެ ފަނޑިޔާރު ޓިމޮތީ މަޒެއި ހުކުމް އިއްވުމުގެ ކުރިން ހިއުއާމަންއާ މުހާތަބުކޮށް ވިދާޅުވީ، "ކަލެއަކީ ފަކުރުގަންނަ ފަދަ ނާތަހުޒީބު މީހެއް. ކަލެއަކީ އިންސާނެއް ނަމަ، އެއީ ވަރަށް ދަށު ދަރަޖައިގެ ފިނޑިއެއް" ކަމަށެވެ.

ހިއުއާމަންގެ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން، އެފް.ބީ.އައި ގެ ބިހޭވިއަރަލް އެނަލިސިސް ޔުނިޓާ އެކު މަސައްކަތް ކުރުމަށް އޭނާ ވަނީ އެއްބަސްވެފައެވެ. އެފް.ބީ.އައި އިން އުންމީދު ކުރަނީ މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިފަދަ އެހެން ގާތިލުން ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އެން.ބީ.ސީ އިން ރިޕޯޓްކުރާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ވާގާޓާ މަރާލި މައްސަލައިގައި އޭނާގެ މައްޗަށް ރަސްމީކޮށް ދައުވާއެއް ނުކުރެއެވެ.

                    

]]>
Thu, 18 Jun 2026 16:36:10 +0500 ހީރަސް
ޓެލެގްރާމް ބޭނުންކުރުން މަނާކޮށްފި https://heerasnews.com/4288 https://heerasnews.com/4288
  • ނީޓް އިމްތިހާނުގެ މަކަރާއި ހީލަތުގެ މައްސަލައާ ގުޅިގެން، އިންޑިއާގައި ޓެލެގްރާމް ބޭނުންކުރުން ޖޫން 22 ގެ ނިޔަލަށް މަނާކޮށްފި
  • އިމްތިހާނުގައި ބައިވެރިވާ ކުދިންނަށް އޮޅުވާލުމަށް ޓެލެގްރާމް ބޭނުންކޮށްފައިވޭތޯ އިންޑިއާއިން ދަނީ ތަހުގީގު ކުރަމުން
  • ވަގުތީ މަނާކުރުމަށް ގޫގުލް އަދި އެޕަލް ކުންފުނިން އެއްބާރުލުން ދޭނެ ކަމަށް މަސްދަރުތަކުން ބުނޭ
  • "އިންޓަނެޓް ފްރީޑަމް ފައުންޑޭޝަން" ސިފަކުރަނީ މި ފިޔަވަޅަކީ މައްސަލައިގެ އަސްލަށް ހައްލެއް ނުލިބޭނެ، ވަގުތީ ފަރުވާއެއް ކަމަށް 
  • އިންޑިއާގެ މެޑިކަލް އެންޓްރަންސް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް އޮޅުވާލައި މަކަރު ހެދުމަށް ޓެލެގްރާމް ބޭނުންކުރަމުންދާ ކަމަށް ބުނެ ވަގުތީ ގޮތުން އިންޑިއާގައި ޓެލެގްރާމް ބްލޮކްކޮށްފިއެވެ. މިދިޔަ މަހު ބޭއްވި މި އިމްތިހާނުގެ ޕޭޕަރުތައް ލީކުވި ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން، އެތައް މިލިއަން ކުދިންގެ ނަތީޖާ ވަނީ ބާތިލުކޮށްފައެވެ.

    އިންޑިއާގެ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ޓެސްޓިންގ އެޖެންސީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، މިއީ އިންޑިއާގައި މިހާތަނަށް މިފަދަ އެޕްލިކޭޝަނެއް މަނާކުރި ފުރަތަމަ ފަހަރެވެ. މި ފިޔަވަޅު އެޅީ ޖޫން 21 ގައި އަލުން ބޭއްވުމަށް ހަމަޖެހިފައިވާ "ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރަންސް ޓެސްޓް 2026" (ނީޓް) ގައި ބައިވެރިވާ ކުދިންނަށް އޮޅުވާލުމަށްޓަކައި، ރޭވުންތެރިކަމާއެކު ޓެލެގްރާމް ބޭނުންކުރަމުންދާތީ އެކަން ހުއްޓުވުމަށެވެ. މި މަނާކުރުން ދެމިއޮންނާނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

    މިދިޔަ މަހު ބޭއްވި ނީޓްގެ ފުރަތަމަ ޑިގްރީ އިމްތިހާނުގެ ސުވާލު ކަރުދާސްތައް ލީކުވި ކަމަށް ބުނެ ކުރެވުނު ތުހުމަތުތައް ތަހުގީގު ކުރަން ފެށުމާއެކު، ސަރުކާރުން ވަނީ އެ އިމްތިހާނު ބާތިލުކޮށްފައެވެ. ސަރުކާރުން ބުނާ ގޮތުގައި، ވަކި ނަމެއް ހާމަނުކުރާ ބައެއް ޓެލެގްރާމް ޗެނަލްތަކުން ވަނީ އިމްތިހާނު ކަރުދާސް ވިއްކާ ކަމަށް ބުނެ އިޝްތިހާރު ކޮށްފައެވެ.

    ޕޭޕަރު ލީކުވި މައްސަލައާއި 2.3 މިލިއަން ދަރިވަރުންގެ ނަތީޖާ ބާތިލުކުރުމާ ގުޅިގެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ކޮށްފައެވެ. މީގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލައި ބޭއްވި މުޒާހަރާތައް ވެސް ހިމެނެއެވެ.

    އިންޑިއާގެ ގާނޫނު ބުނާގޮތުން ވެބްސައިޓްތައް ބްލޮކްކުރުމުގެ ބާރު ސަރުކާރަށް ލިބިގެންވެއެވެ. ޓެލެގްރާމް މަނާކުރުމުގެ އަމުރު ނެރެފައިވަނީ އިންޑިއާގެ އައިޓީ ގާނޫނުގެ ދަށުން، ގައުމުގެ އިސްތިގުލާލާއި ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށް ސަރުކާރަށް ލިބިދޭ ބާރުގެ ދަށުންނެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން ބުނެފައިވަނީ މިއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، މީގެ ސަބަބުން އަސްލު މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

    އިންޓަނެޓް ފްރީޑަމް ފައުންޑޭޝަނުން ބުނި ގޮތުގައި، ޓެލެގްރާމް ބްލޮކްކުރުމަކީ އިމްތިހާނުގެ މަކަރާއި ހީލަތަށް ދެވޭ އެކަށީގެންނުވާ، ވަގުތީ ފަރުވާއެކެވެ. އަދި މިއީ އިމްތިހާނު ލީކުވާ ނިޒާމީ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި، އާންމުކޮށް އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންނަށް ދެވޭ އަދަބެއް ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

    ސަރުކާރުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި، މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައިވެއެވެ. އަދި މިއީ ޕްލެޓްފޯމުން އެފަދަ ކަންކަން ހުއްޓުވުމަށް ކުރިން ކުރި މަސައްކަތްތައް ކާމިޔާބު ނުވުމުން، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

    މައްސަލައާ ގުޅިގެން ޓެލެގްރާމުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށް ވެސް އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ޓެލެގްރާމް މަސައްކަތް ކުރަމުންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

    ]]>
    Tue, 16 Jun 2026 17:21:04 +0500 ހީރަސް
    މާލެ ބަދަލުކޮށްލާނެ ރިތިންކް މާލެސިޓީ ޕްރޮޖެކްޓް https://heerasnews.com/4285 https://heerasnews.com/4285 ޝެރެޓް ސްޓޫޑިއޯ އާ ހަވާލުކޮށްގެން މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "ރީތިންކް މާލެ ސިޓީ" މަޝްރޫއުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްތައް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެމްބަރުންނާ ހިއްސާކޮށްފިއެވެ.

    "ރީތިންކް މާލެ ސިޓީ" ބައްދަލުވުމުގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމާއި، އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. މާލެސިޓީ ބައްޓަން ކުރުމުގެ މި މުހިންމު މަޝްރޫއުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ސެޝަން ކުރިއަށްދިޔައީ މީރުމާ ހޮޓަލުގައެވެ.

    މަޝްރޫއާ ގުޅޭގޮތުން މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، މިއީ ހަމައެކަނި ކައުންސިލުން އެކުލަވާލާ ޕްލޭނެއް ނޫން ކަމަށެވެ. މިއީ މާލޭގެ ހުރިހާ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު މަސައްކަތެއް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

    125،000 އަށްވުރެ ގިނަ އުޅަނދު ދުއްވާ ކުޑަކުޑަ މާލެސިޓީއަށް ހުށަހެޅިފައިވާ އިސްލާހުތަކަކީ މިހާރުން މިހާރަށް ބޭނުންތެރި ކަންތައްތަކެއްކަން މޭޔަރު ފާހަގަކުރެއްވިއެވެ. ޕްލޭން މަސައްކަތް ކާމިޔާބުކުރުމުގައި އާންމު ރައްޔިތުންނާއި އަމިއްލަ މުއައްސަސާތަކުގެ އެއްބާރުލުން ނުހަނު ބޭނުންވާނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

    ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހިފައިވާ އަދި ތިމާވެށީގެ ގޮންޖެހުންތައް ބޮޑު އެއް ސިޓީގެ ގޮތުގައި އޮތް މާލެއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ފަރުމާކުރެވިފައިވާ ފުރިހަމަ މަސައްކަތެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފް ކުރެއްވިއެވެ. މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ސާވޭތަކުގެ ނަތީޖާއިން މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދެނީ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހިތްފަސޭހަ ފެހި މައިދާންތައް އިތުރުކުރުމަށް ކަން ރައީސް ނަޝިދު ފާހަގަ ކުރެއްވިއެވެ.

    އިސްތިރާޖީ ޕްލޭން ބިނާވެފައިވަނީ ތިމާވެށި، އިގްތިސާދު އަދި އިޖުތިމާޢީ ދާއިރާއާ ގުޅޭ 7 މުހިންމު ކަމެއްގެ މައްޗަށެވެ.

    • ދުވެލި ހަލުވި ސިޓީއެއް: އަމިއްލަ އުޅަނދުތަކަށް ބަރޯސާވުން ކުޑަކޮށް، އާންމު ދަތުރުފަތުރާއި ހިނގައިފައި އުޅޭ މީހުންނަށް އިސްކަންދިނުން.
    • ހިތްފަސޭހަ ފެހި ސިޓީއެއް: ގަސް އިންދުން އިތުރުކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދައި، ހޫނުމިން ކުޑަކުރުން.
    • ބަދަލުތަކަށް އިޖާބަދޭ ސިޓީއެއް: މީހުން ދިރިއުޅޭ ސަރަހައްދުތަކާ ނުގުޅޭ ސިނާޢީ މަސައްކަތްތައް އެހެން ތަންތަނަށް ބަދަލުކުރުން.
    • ފާގަތި ސިޓީއެއް: އިގްތިސާދީ ހާއްސަ ޒޯންތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ފަދަ ސަރަހައްދުތައް ކަނޑައެޅުން.
    • އެންމެންގެ ސިޓީއެއް: ހުރިހައި ފަންތިއެއްގެ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި އިޖުތިމާޢީ މައިދާންތައް ފަސޭހައިން ލިބޭނެ މަގު ފަހިކުރުން
    • އަމިއްލަވަންތަކަން ހުރި ސިޓީއެއް: މާލޭގެ ޒަމާނީ ބިނާތަކާއި އާސާރީ ތަންތަން ރައްކާތެރިކޮށް، ސަގާފީ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުން.
    • ރައްކާތެރި ސިޓީއެއް: އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުވެފައިވާ މާލެއެއް ބިނާކުރުން.

    އިސްތިރާޖީ ޕްލޭން އެކުލަވައިލުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ވަނީ ބޮޑު އިސްކަމެއް ދީފައެވެ. އެގޮތުން އޮކްޓޫބަރު 2025 ގައި ބޭއްވުނު ފުރަތަމަ ސެޝަނުގައި 78 ބައިވެރިން ބައިވެރިވިއެވެ. ޑިސެމްބަރު މަހު ބޭއްވުނު ވޯޓިންގް ސެޝަނުގައި 61 ފަރާތަކުން ހިޔާލު ދީފައިވެއެވެ.

    • އޮންލައިންކޮށް ކުރިއަށްގެންދިޔަ ސާވޭއަށް ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިޖާބަ ދީފައިވެއެވެ.

    ]]>
    Tue, 16 Jun 2026 12:51:26 +0500 ނިއުސް ޑެސްކް
    ޝާހިދުގެ އެއްބާރުލެއްވުން ނަޝިދަށް ދެއްވާނެ https://heerasnews.com/4280 https://heerasnews.com/4280 އެމްޑީޕީގެ ޗެއަރޕަރސަން (އިލެކްޓް) ރައީސް މުހައްމަދު ނަޝީދާ އާއި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ބައްދަލު ކުރައްވައިފިއެވެ. މިއަދު އޮތް މިބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދަށް އޮނަރަބަލް ޝާހިދު މަރުހަބާ ދެންނެވިއެވެ. 

    މިއަދުގެ ބައްދަލުވުމުގައި ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީން ސަރުކާރު ޖަވާބުދާރީކުރުވުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ދެބޭފުޅުން ކުރެއްވެވިއެވެ.  

    އެމްޑީޕީގެ ޙަރަކާތްތައް އިތުރަށް ވަރުގަދަކޮށް، 2028 އަށް ޕާޓީގެ ސަފުތައްް ރުކުރުވާލުމަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އޮނަރަބަލް ޝާހިދު އެރުއްވެވިއެވެ.
    އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ރައީސް ނަޝީދު އިންތިހާބުވެ ވަޑައިގަތުމާއި ގުޅިގެން އެމްޑީޕީ ލީޑަރޝިޕްގެ ބޭފުޅުންނާ ރައީސް ނަޝީދު ވަދައިގަންނަވަނީ ވަކިވަކީން ބައްދަލު ކުރައްވަމުންނެވެ. 
    ]]>
    Sun, 14 Jun 2026 15:50:23 +0500 ނިއުސް ޑެސްކް
    ޖިންސީ ތުހުމަތެއްގައި ދުނިޔޭގެ ކޯޓްގެ ފަނޑިޔާރަކު ސަސްޕެންޑްކޮށްފި https://heerasnews.com/4265 https://heerasnews.com/4265 ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ހާންގެ މައްޗަށް ތައުދީބީ ފިޔަވަޅު އެޅުމަށް އެ ކޯޓުގެ ބެލެނިވެރި ފަރާތުން ނިންމުމާ ގުޅިގެން، އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑްކޮށްފިއެވެ. މިއީ އެ ކޯޓުގެ ތާރީހުގައި މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.

    އުމުރުން 56 އަހަރުގެ އިނގިރޭސި ބަރިސްޓަރ، ކަރީމް ހާންގެ މައްޗަށް ކުރެވެނީ އޭނާގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތެވެ. ދެ އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ މި މައްސަލައިގައި އޭނާ ވަނީ ތަކުރާރުކޮށް އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

    ހާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުގައި ބަހައްޓާނެތޯ ނުވަތަ ނޫންތޯ ނިންމާނީ އައި.ސީ.ސީގެ ބެލެނިވެރި މަޖިލީސް ކަމަށްވާ "އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސް" (އޭ.އެސް.ޕީ) އިން ބާއްވާ ހާއްސަ ބައްދަލުވުމެއްގައެވެ.

    އޭ.އެސް.ޕީގެ ހިންގާ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާން ސަސްޕެންޑްކުރަން ނިންމީ އދ. ގެ އިންޓަރނަލް އޯވަރސައިޓް ސަރވިސަސް (އޯ.އައި.އޯ.އެސް) އިން ކުރިއަށްގެންދިޔަ ތަހުގީގީ ރިޕޯޓަށާއި، ލިބިފައިވާ ހެކިތަކަށާއި، އަދި ގާނޫނީ މާހިރުންގެ ލަފާގެ މައްޗަށް ބިނާކޮށް ކަމަށެވެ. ނަމަވެސް، މި ސަސްޕެންޝަނަކީ މި މައްސަލައިގައި ވަކި ގޮތެއް ނިންމުން ނޫން ކަމަށްވެސް އެ ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

    އެސޯސިއޭޓެޑް ޕްރެސް (އޭ.ޕީ) އަށް ލިބިފައިވާ އދ. ގެ ތަހުގީގީ ރިޕޯޓުގައިވާ ގޮތުން، ހާންގެ އޮފީހުގައާއި، އޭނާގެ އަމިއްލަ ގޭގައާއި އަދި ރަސްމީ ދަތުރުތަކުގައިވެސް އެ މުވައްޒަފަށް ރުހުމަކާ ނުލައި ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކި ފެންނަން އެބަހުއްޓެވެ. އެހެންނަމަވެސް، މި ހޯދުންތައް ދިރާސާކުރުމަށް ހިންގާ ކޮމިޓީން އައްޔަންކުރި ތިން ފަނޑިޔާރުންގެ ޕެނަލަކުން ލަފާދީފައިވަނީ، މި ތަހުގީގުން ލިބިފައިވާ ހެކިތަކަކީ މައްސަލަ ސާބިތުކުރުމަށް ފުދޭވަރުގެ ހެކިތަކެއް ނޫން ކަމަށެވެ.

    މައްސަލައާ ގުޅޭގޮތުން ހާންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ، އަންގާރަ ދުވަހު މިކަމާ ގުޅޭ ބަޔާނެއް ނެރޭނެ ކަމަށެވެ.

    ތަހުގީގު ނިމެންދެން 2025 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ހާން ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން ދުރުވެފައެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ) ގެ ތާރީހުގައިވެސް މިއީ މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ހާލަތާ ގުޅޭގޮތުން އަމަލުކުރާނެ އައު އުސޫލުތަކެއް ކަނޑައެޅުމަށް އެ ކޯޓުގެ މެންބަރު ގައުމުތަކުގެ މަޖިލީހަށް (އެސެމްބްލީ އޮފް ސްޓޭޓްސް ޕާޓީސް) ވަނީ މަޖުބޫރުވެފައެވެ.

    ހާންއާ ދެކޮޅަށް ހުށަހެޅުނު މި ތުހުމަތުތަކުގެ ރިޕޯޓު ކޯޓުގެ މިނިވަން ބެލެނިވެރި ފަރާތަށް ހުށަހަޅާފައިވަނީ މީގެ ދެ އަހަރަށްވުރެ ގިނަ ދުވަސް ކުރިންނެވެ. އޭ.ޕީ އިން ކުރިއަށްގެންދިޔަ ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި، ކޯޓުގެ އެހެން ދާއިރާއެއްގައި މަސައްކަތްކުރަމުންދިޔަ އަންހެން މުވައްޒަފަކު ހާންގެ އޮފީހަށް ބަދަލުކުރި ކަމަށް ތުހުމަތު ކުރެވެއެވެ. އަދި އޭގެ ފަހުން ހާން ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގައި އެ މުވައްޒަފު ގަވާއިދުން ބައިވެރިކޮށްފައިވާކަން ވިސްލްބްލޯވާ ލިޔެކިޔުންތަކުން އެނގެއެވެ.

    ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގައުމުން ބޭރަށް ކުރި ދަތުރެއްގައި ހޮޓަލެއްގެ އެނދުގައި އޭނާއާއެކު އަރާމުކުރުމަށް ހާން އެދިވަޑައިގަތުމަށްފަހު، އެ އަންހެން މުވައްޒަފުގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއްގައި އަތްލާފައިވެއެވެ. މީގެ އިތުރުން، އޮފީސް ކޮޓަރީގެ ދޮރު ތަޅުލުމާއި، އެ މުވައްޒަފުގެ ޖީބަށް އަތް ބޭނުން ފަދަ ނުރުހުމުގައި ހިންގާފައިވާ ކަންކަންވެސް އެ ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ. އަދި އޭނާއާއެކު ޗުއްޓީއަށް ދިއުމަށްވެސް ހާން އެކި ފަހަރުމަތިން އެދިވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

    ހާން މަގާމުން ވަކިކުރުމުގެ ބާރު އޮތީ ހަމައެކަނި މެންބަރު ގައުމުތަކުގެ މަޖިލީހަށެވެ. އެފަދަ ނިންމުމެއް ނިންމޭނީ 125 މެންބަރު ގައުމުގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އޭނާ މަގާމުން ވަކިކުރުމަށް މަދުވެގެން 63 ގައުމެއްގެ ތާއީދު ބޭނުންވާނެއެވެ.

    މި މައްސަލައިގައި ބާއްވާ ބައްދަލުވުން ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވިނަމަވެސް، ވީ އެންމެ އަވަހަކަށް އެ ބައްދަލުވުން ބާއްވާނެ ކަމަށް މަޖިލީހުން ވަނީ ހާމަކޮށްފައެވެ.

    ނޮވެންބަރު 2024 ގައި، އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް ހާން ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓްގެ އިތުރުން ހަމާސްގެ އިސް ތިން ލީޑަރަކު ހައްޔަރުކުރުމުގެ އަމުރު ނެރުއްވާފައެވެ. މި ނިންމުމާ ގުޅިގެން ބައިޑަންގެ ސަރުކާރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ރައީސް ބައިޑަން މި ފިޔަވަޅު ސިފަކުރެއްވީ ބަލައިގަނެވޭނެ ފަދަ ކަމެއް ނޫން ކަމަށެވެ.

    މީގެ އެއް އަހަރު ކުރިން، ޓްރަމްޕްގެ ސަރުކާރުން ވަނީ އައި.ސީ.ސީ ގެ ހަތަރު ފަނޑިޔާރަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިއީ ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރުނު އަމުރާއި، އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން ހިންގާފައިވާ އަމަލުތަކާ ގުޅިގެން އެ ކޯޓުން ނިންމި ނިންމުންތަކަކީ ސިޔާސީ ނުފޫޒު ވަދެފައިވާ އަދި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުންކަމަށް ބުނެ އެޅި ފިޔަވަޅެކެވެ.

                        

    ]]>
    Wed, 10 Jun 2026 07:08:09 +0500 ހީރަސް
    ސާރިދޯޅެއް ފެނިގެން 94 ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފި https://heerasnews.com/4262 https://heerasnews.com/4262 ޖަޕާނުގެ ސިޓީއަކުން ފުރަތަމަ ފަހަރަށް ސާރިދޯޅެއް ފެނުމާ ގުޅިގެން 94 ސްކޫލެއްގެ ކިޔެވުން މެދުކަނޑާލައިފިއެވެ.

    ޖަޕާނުގެ އުޓްސުނޯމިޔާ ސިޓީން ފުރަތަމަ ފަހަރަށް ސާރިދޯޅައެއް ފެނުނުކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން، އެ ސިޓީގެ ކައުންސިލުން ހިންގާ ޕްރައިމަރީ އަދި މިޑްލް ސްކޫލްތައް ހިމެނޭހެން ޖުމްލަ 94 ސްކޫލެއްގެ ކިޔެވުން ހޯމަ ދުވަހު މެދުކަނޑާލަން ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.

    މި ސާރިދޯޅު އެންމެ ފުރަތަމަ ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މީހުން ދިރިއުޅޭ ސަރަހައްދެއްގައި އޮންނަ ޕާކެއްގެ ކައިރިންނެވެ. އަދިވެސް އެ ސޮރު އަތުނުވެ ދޫވެފައިވާއިރު، އެންމެ ފަހުން ފެނިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު އެ ސިޓީގެ މިޑްލް ސްކޫލަކާ ގާތްގަނޑަކަށް 500 މީޓަރު ދުރުންނެވެ. އެހެންކަމުން، ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ.

    މި ހާދިސާ ހިނގާފައިވަނީ މުޅި ޖަޕާނުގައިވެސް ސާރިދޯޅު ފެންނަ މިންވަރު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ނިމިދިޔަ ހަފުތާގައި ފުކުޝީމާގައި ސާރިދޯޅައެއް ދިން ހަމަލާގައި މަދުވެގެން ހަތަރު މީހަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ސާރިދޯޅެއް ފަހާދުވެ ވައްޓާލުމުގެ ސަބަބުން އަނިޔާވި ފެކްޓްރީ މަސައްކަތްތެރިއަކުވެސް ހިމެނެއެވެ.

    މާހިރުން ލަފާކުރައްވާ ގޮތުގައި ސާރިދޯޅު ފެންނަ މިންވަރު އިތުރުވަނީ ބައެއް މުހިންމު ސަބަބުތަކާ ހުރެއެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސާރިދޯޅައިގެ ގުދުރަތީ ކާނާ (މިސާލަކަށް އޭކޯން ފަދަ މޭވާ) މަދުވުމާއި، ޝިކާރުކުރުން މަދުވުމުގެ އިތުރުން، އަޅާނުލާ ދޫކޮށްލާފައިވާ ދަނޑުބިންތައް އިތުރުވުން ހިމެނެއެވެ.

    ދުނިޔޭގެ ނިސްބަތުން އޭޝިއާގެ ކަޅު ސާރިދޯޅަކީ ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ޖަނަވާރެއް ކަމަށް ބެލެވުނު ނަމަވެސް، 2012 ވަނަ އަހަރަށްފަހު ޖަޕާނުގައި މީގެ އަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށް އަންދާޒާކުރެވެއެވެ. މީގެ ސަބަބުން އިންސާނުންނާއި ސާރިދޯޅައާ ދިމާވާ މިންވަރު ވަނީ ކުރިއަށްވުރެ ބޮޑަށް އިތުރުވެފައެވެ.

    ]]>
    Tue, 09 Jun 2026 11:05:34 +0500 ނާއިރާ
    ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 32 މީހުން މަރުވެއްޖެ https://heerasnews.com/4261 https://heerasnews.com/4261 ފިލިޕީންސްގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ މިންޑަނާއޯގެ އައްސޭރިފަށަށް ހޯމަ ދުވަހު އައި ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 32 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ. މި ބިންހެލުމާ ގުޅިގެން އޭޝިއާގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރުތައް އުވާލާފައެވެ.

    މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ރިޕޯޓްކޮށްފައިވަނީ ޖެނެރަލް ސަންޓޯސް ސިޓީއަށެވެ. އެ ސިޓީގެ ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާއިރު، ހޮސްޕިޓަލްތަކާއި ސްކޫލްތަކުގެ އިތުރުން އެހެނިހެން ބިނާތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.

    ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސީސްމޮލޮޖީން ހާމަކޮށްފައިވާ ގޮތުގައި، ބާރުގަދަ ބިންހެލުމަށްފަހު ގިނަ އަދަދެއްގެ ލޮޅުންތައް (އެފްޓަރޝޮކްސް) ދަނީ އަންނަމުންނެވެ. ބިންހެލުން އައި ވަގުތު މަގުތައް އާދަޔާ ހިލާފަށް ގުޑައި، ގަސްތައް ހޫރި، މީހުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދިގެން ދިޔަ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ކިޔައިދީފައިވެއެވެ.

    ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވިދާޅުވީ، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާތައް މިހާރު ތައްޔާރީ ހާލަތަށް ގެނެވިފައިވާ ކަމަށާއި، ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކުރުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ. މިއީ އެ ގައުމުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަހަށް ވުމާއެކު، މި ހާދިސާގެ ސަބަބުން 3.2 މިލިއަނަށްވުރެ ގިނަ ދަރިވަރުންނާއި 128,000 އެދުރުންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ.

    ބިންހެލުމާ ގުޅިގެން ފިލިޕީންސާއި އިންޑޮނޭޝިއާގެ އިތުރުން ސަރަހައްދުގެ ބައެއް ގައުމުތަކަށް އެންމެ ފުރަތަމަ ސުނާމީގެ އިންޒާރު ނެރުނެވެ. ގިނަ ސަރަހައްދުތަކުން އެ އިންޒާރު ފަހުން އުވާލި ނަމަވެސް، ޖަޕާނުގެ ދެކުނު އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ގޮނޑުދޮށްތަކާއި، ކޯރުތައް ކައިރިއަށާއި، ތިރި ސަރަހައްދުތަކަށް ނުދިއުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން އަދިވެސް ދަނީ އިލްތިމާސް ކުރަމުންނެވެ.

    ]]>
    Tue, 09 Jun 2026 10:38:00 +0500 ނާއިރާ
    އަދިވެސް އޮތީ ބޯވަތަށް ޖަހާފައި އޮތް އިގުތިސޯދެއް: ޔާމީނު https://heerasnews.com/4259 https://heerasnews.com/4259 ފިޗްރޭޓިން ތަންފުކެއް މައްޗަށް ޖެހިލައިގެން ޕީއެންސީގެ ވެރިން މަތިހަށި ނަގާތީ ހޫނު ރައްދެއް ކުރީގެ ރައީސް އަބްދުއްލާ ޔާމީނު އަބްދުލްގައްޔޫމް ވަނީ ދެއްވާފައެވެ.

    ކުރީގެ ރައީސުން ގައުމު ދަރުވާލާފައި އޮތް އޮތުމުން ރައީސް މުއިއްޒު ގައުމު ސަލާމަތްކޮށްފިކަމަށް ބުނެ ޕީއެންސީން ފަތުރާ ބުހުތާނު ބަހަނާއަށް ރައްދުދެއްވާ ރައީސް ޔާމީނު ވިދާޅުވީ ރާއްޖޭގައި އަދިވެސް އޮތީ ބޯވަތަށް ޖަހާފައިވާ އިގުތިސޯދެއް ކަމަށެވެ. 

    ރައީސް ވެރިކަމަށް އަންނަނީ ހަމައެކަނި ދަރަނި އަދާކުރުމަށް ނޫން ކަމަށާއި ލިބެން އޮތް ގޮތަކުން ފައިސާ ހޯދައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް ވާރުތަކުރާ ދަރަނި އަބަދުވެސް ހުންނާނެކަމަށާއި ސަރުކާރުތައް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް ރައީސް ޔާމީނުވިދާޅުވެއެވެ. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދިނުމަށް ބޭނުންވާ ފައިސާ ނެތްނަމަ ލޯނުނަގައިވެސް ހިދުމަތް ދޭންޖެހޭ ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވެއެވެ. 

    ވެރިކަމުގެ ދައުރު ދެބައިވެގެން ދިޔައިރު މުއިއްޒަށް ކުރެއްވުނު އެންމެ ކަމެއްވެސް މުއިއްޒަށް ނުދެއްކެވޭނެ ކަމަށްވެސް ރައީސް ޔާމީނު ވިދާޅުވެއެވެ. 3 ރައިސުން ވާރުތަކުރި ދަރަނި ދެއްކިކަމަށް ބުނެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީނު ވިދާޅުވީ  ރައީސް މުއިއްޒު މިހާތަނަށް  ރައްޔިތުންނަށް ކޮށްދެއްވި ކަމެއް ފެންނަން ނެތް ކަމަށެވެ. 

    ފިޗްގެ ރޭޓް ތަންފުކެއް މައްޗަށް ޖެހެލުމަކީ އިންވެސްޓަރުންގެ ލިބިގެން ދިޔަ ކަމެއް ނޫންކަމަށާއި  ލޯނު ނަގައިގެން ދަރަނި އަދާކުރުމަކީ މިހާރަށްވުރެ އެތައްތަނެއް ގޯސްވުމަށް ފުރުސަތު ނެތްކަމަށް ގަބޫލުކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ރައިސް ޔާމީނުގެ ވާހަކަފުޅުން މޭރުންވިއެވެ. 

    ]]>
    Mon, 08 Jun 2026 18:38:21 +0500 އެޑިޓަރ
    ހިތަދޫ އުތުރަށް ހޮވަންޖެހެނީ މުލިއާގެއިން ބައިލައްކަ ހޯދަން ނުދުވާނެ މެންބަރެއް https://heerasnews.com/4248 https://heerasnews.com/4248 ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) އަކީ ގަނެވޭނެ މީހެއް ނޫން ކަމަށާއި ފައިސާ ހޯދަން މީހެއް ކައިރިއަށްވެސް ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ. 

    މުލީއާގެއިން ދޭ 50،000ރ. ހޯދަން ދުވާ މެންބަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި އޮނަރަބަލް އަސްލަމް އެހެން ވިދާޅުވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރކަމަށް ވާދަކުރައްވާ އަަބްދުއްލާ ސޯދިގު (ސޯބެ)ގެ ކެންޕޭން ނިންމުމަށް ބޭއްވި ޖަލްސާދައި ރޭގައި ވާހަކަ ދައްކަވަމުންނެވެ. 

    ސޯބެގެ ކެމްޕެއިން ޖަލްސާގައި އަސްލަމް ވިދާޅުވީ ފައިސާގެ މުއާމަލާތުގައި ސޯބެ އެއްވެސް މީހެއް ކައިރިއަށް ސަލާމުގެ މަގުގައި ވަޑައިނުގަންނަވާނެ ކަމަށެވެ.  ސޯބެއަކީ ވިކޭނެ ބޭފުޅެއް ނޫންކަމަށާއި ގަނެވޭނެ ބޭފުޅެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ. ކެމްޕެއިނަށް ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މީހެއް އަތުން ސޯބެ ފައިސާ ދިނުމަށް އެދިފައި ނުވާކަން ޔަގީން ކަމާއެކު އަސްލަމް ފާހަގަކުރައްވިއެވެ. 

    ވޯޓުގަތުމާއި ވޯޓުވިއްކުމަކީ އެމްޑީޕީގެ ފަލްސަފާގައި ހިމެނޭ ކަމެއް ނޫން ކަމަށާއި ވޯޓުން ވިޔަފާރިކުރުމަކީ އެމްޑީޕީން ގަބޫލުކުރާ ކަމެއް ނޫންކަމަށްވެސް އަސްލަމް ވިދާޅުވެއެވެ. ރާއްޖޭގެ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ވޯޓުގަތުމާއި ވޯޓު ވިއްކުމަކީ ރާއްޖެއިން މުޅިން ނައްތާލަންޖެހިފައިވާ ކަމެއް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

    " އަޅުގަނޑުމެން މިކުރާ އިސްލާހުގެ މަސައްކަތުގެ ތެރެއިން ވޯޓު ގަތުމާއި ވިއްކުަމަކީ މުޅިން ނައްތާލަންޖެހޭ ކަމެއް،" އަސްލަމް ވިދާޅުވިއެވެ. ވޯޓު ވިއްކައިގެން ހޮވާ މެންބަރަކާ ގުޅިގެން ފަހުން ނުކުންނަ ނަތީޖާއާމެދުވެސް ވިސްނަން ޖެހޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. 

    ވޯޓު ވިއްކުމާއި ގަތުން ގާނޫނުން މަނާކުރި ނަމަވެސް އެކަން ރާއްޖޭގައި ތަންފީޒު ނުވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވިއެވެ. ރިޝްވަތުގެ ގޮތުގައި މުލީއާގެއިން ދޭ 50،000ރ. ހޯދަން ދުވާ މެންބަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު ވިޔަ ނުދިނުމަށްޓަކާ ވެސް ހިތަދޫ އުތުރު ދާއިރާއިން ސޯބެ ހޮވަންޖެހޭ ކަމަށް ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރ މުހައްމަދު އަސްލަމް ވިދާޅުވިއެވެ. 

    ]]>
    Fri, 05 Jun 2026 16:56:00 +0500 ހީރަސް
    ހިތަދޫ އުތުރު ރައްޔިތުން ތިބީ ސޯބެއަށް ވޯޓުދޭން ހޮނިހިރު ނައިސްގެން https://heerasnews.com/4246 https://heerasnews.com/4246 ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުކޮށްދޭން ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން ތިބީ ބައި-އިލެކްޝަންގައި ވޯޓުލުމަށް ހޮނިހިރު ދުވަސް ނުޖެހިގެން ކަމަށް އެ ގޮނޑިއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުއްލާ ސޯދިގު (ސޯބެ) ވިދާޅުވެއްޖެއެވެ. އިންތިހާބުގައި ޕީއެންސީގެ ގިނަ ވޯޓުތައްވެސް ސޯބެއަށް ލިބޭނެ ކަމަށް ވެސް ސޯބެ ވިދާޅުވިއެވެ. 

    ސޯބެއަކީ އައްޑޫ ސިޓިގެ ފުރަތަމަ މޭޔަރެވެ. ހޮނިހިރު ދުވަހު އޮންނަ ބައިއިލެކްޝަންގައި ސޯބެ އާއި ވާދަކުރަނީ ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަހްމަދު ސައީދެވެ. ކުރީގެ ދެރައީސުން ކަމުގައިވާ ރައީސް ސޯލިހާއި ރައީސް ނަޝީދު ސޯބެގެ ކެމްޕޭނިގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެން މަސައްކަތް ކުރައްވަމުންދާއިރު ކުރީގެ ރައީސް ޔާމީން ވެސް ވަނީ ސޯބެއަށް ތާއީދުކުރައްވާކަން ހާމަކުރައްވާ، އެންމެން ސޯބެއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. 

    ކެމްޕެއިން ނިންމާލުމުގެ ގޮތުން ހިތަދޫ ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯބެ ވިދާޅުވީ ދެކޮޅަށް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ބަލާލިއަސް، އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރެވިފައިވާކަން އެނގޭ ކަމަށެވެ. އިންތިހާބު ބޮޑުކޮށް ސޯބެއަށް ކާމިޔާބު ވާނެކަން އެނގޭ އަނެއް ހެއްކަކީ ރައީސް މުއިއްޒަށްށް އައްޑޫއަށް ވަޑައިގަންނަވަން ކެރިވަޑައިނުގަތުން ކަމަށްވެސް ސޮބެ ވިދާޅުވިއެވެ.

    "އަދި އެންމެ ބޮޑަށް ޔަގީންވާ ކަމަކީ، ރައީސް މުއިއްޒުއަށް ނުކުރެނު މި ރަށު ވަޑިފަތި ޖޯއްޔެއްގައި އިށީންނަން އަންނަންވެސް މި އިންތިހާބު ކާމިޔާބުކޮށްދޭން. އެހެންވީމަ މި ބުނަނީ މި އިންތިހާބު މި ތިބީ ބޮޑުތަނުން ކާމިޔާބުކޮށްގެންނޭ،" ސޯބެ ވިދާޅުވިއެވެ. 

    އިންތިހާބު ކާމިޔާބުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެވުނު ކަމުގެ ހިތްހަމަޖެހުންވެސް ސޯބެ ފާޅުކުރެއްވިއެވެ. ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ގެއަކާއި ކެފޭތަކަށް ވަދެ ރައްޔިތުންނާ ބައްދަލުކުރެއްވި ކަމަށާއި މާލެ އާއި ހުޅުމާލޭގައި ތިބި ދާއިރާގެ ރައްޔިތުންނާވެސް ބައްދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ. 

    ]]>
    Fri, 05 Jun 2026 10:25:23 +0500 ހީރަސް
    ރަންވީރު ސިންގްއާ ދެކޮޅަށް ނެރެފައިވާ ބޮއިކޮޓް އަމުރު އަނބުރާ ގެންގޮސްފި https://heerasnews.com/4244 https://heerasnews.com/4244 ރަންވީރު ސިންގްއާ ދެކޮޅަށް ފިލްމީ ދާއިރާގެ ޔޫނިއަނުން ނެރެފައިވާ ބޮއިކޮޓް އަމުރު އަނބުރާ ގެންގޮސްފިއެވެ.

    ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް، ކުރިއަށް އޮތް ފިލްމު "ޑޮން 3" އިން ވަކިވި ކަމަށް ބުނެ އުފެދުނު މައްސަލައާ ގުޅިގެން 'ފެޑަރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯއީސް އިން އޭނާއާ ދެކޮޅަށް ނެރެފައިވާ "ނޮން-ކޯޕަރޭޝަން" ނުވަތަ އެއްބާރުލުން ނުދިނުމުގެ އަމުރު މިހާރު ވަނީ ބާތިލުކޮށްފައެވެ. މި އަމުރު ކުރިން ނެރެފައިވަނީ، މި މައްސަލައިގައި ޔޫނިއަނުން ތަކުރާރުކޮށް އޭނާއާ ބައްދަލުކުރަން އެދުމުންވެސް އެކަމަށް އިޖާބަދީފައި ނުވާތީއެވެ.

    މި މައްސަލައިގެ ސަބަބުން، ބޮޑެތި ފިލްމުތަކުން އެކްޓަރުން ކުއްލި ގޮތަކަށް ވަކިވުމުން ޕްރޮޑިއުސަރުންނަށް ލިބޭ މާލީ ގެއްލުމާއި ތާވަލުތަކަށް އަންނަ ބަދަލުތަކާ މެދު އިންޑަސްޓްރީގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދުނެވެ. އެހެންކަމުން، މި މައްސަލަ ހައްލުވަންދެން ރަންވީރު ސިންގްއާ އެކު އެއްވެސް މަސައްކަތެއް ނުކުރުމަށް FWICE އިން އޭގެ މެންބަރުންނަށް ކުރިން އިލްތިމާސްކުރިއެވެ.

    ނަމަވެސް، 'އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާސް އެސޯސިއޭޝަން' އާއި ފިލްމީ ދާއިރާގެ އިސް ފަރާތްތަކުން މެދުވެރިއެއްގެ ދައުރު އަދާކޮށް ކުރި މަޝްވަރާ ތަކަކަށް ފަހު، ދެ ފަރާތުން ވަނީ ސުލްހަވެރިކަމާއެކު މި މައްސަލަ ނިންމުމަށް އެއްބަސްވެފައެވެ. އެއާއެކު، FWICE އިން ވަނީ ވަގުތުން އަމަލުކުރާ ގޮތަށް އެ އަމުރު އުވާލާފައެވެ.

    ފިލްމީ ދާއިރާގެ މާހިރުން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، މިއީ ކުރިމަތިލުންތަކުގެ ބަދަލުގައި ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމަށް ލިބުނު ނަމޫނާއެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި މި ހާދިސާއާއެކު، ފިލްމީ ދާއިރާގައި ސޮއިކުރާ އެއްބަސްވުންތަކަށް އިހުތިރާމްކުރުމާއި، ޒިންމާދާރުވުމުގެ އިތުރުން މައްސަލަތައް ހައްލުކުރާނެ ނިޒާމުތަކާ ގުޅޭގޮތުން އަނެއްކާވެސް ވަނީ ބަހުސްތައް ފެށިފައެވެ.

    މި ނިންމުމާއެކު، ރަންވީރު ސިންގް މިހާރު ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ހުރި ޕްރޮޖެކްޓްތަކަށް އޮތް ހުރަސްތައް ނެތިގޮސް، ފަންނާނުންނާއި ޕްރޮޑިއުސަރުން އަދި ޔޫނިއަންތަކުގެ މެދުގައި އޮންނަ ގުޅުން އަލުން ބަދަހިވެގެންދާނެއެވެ.

    ]]>
    Thu, 04 Jun 2026 17:30:06 +0500 ނާއިރާ
    ފްލެޓް މިލްކުނުވާ ހާލަތެއްގައި މާލޭ ދަތުފުތަރަށް ރައްވެހިކަން މިހާރު ބަދަލުވެވޭނެ https://heerasnews.com/4242 https://heerasnews.com/4242 ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ދޫކޮށްފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައި ދިނުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ފްލެޓް މިލްކުނުވާ ހާލަތެއްގައި، އެވަގުތަކު ރަށްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް، މާލެ ސިޓީގެ ދަފްތަރުގައި ޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

    މާލެ ސިޓީ ކައުންސިލްގެ 05 ވަނަ ދައުރުގެ 02 ވަނަ ރަސްމީ އާންމު ޖަލްސާގައި މި ގޮތަށް ނިންމާފައިވަނީ، ރަށްވެހީންގެ ރަޖިސްޓްރީ ހަދައި ދިނުމަށްފަހު، އެއްވެސް ސަބަބަކާ ހުރެ ކުލި ނުދެއްކިގެން ކުއްޔަށް ދީފައިވާ ފަރާތަށް ފްލެޓް މިލްކު ނުވާހާލަތެއްގައި، އެވަގުތަކު ރައްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތަކާ މެދު އަމަލު ކުރާނެ އުސޫލެއް ކަނޑައެޅުމަށް ކައުންސިލްގައި ކުރެވުނު މަޝްވާރައަށް ފަހުގައެވެ.

    މޭޔަރ އާދަމް ޢާޒިމް ވިދާޅުވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދައިދިނުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. ރަށްވެހިންގެ ރަޖިސްޓްރީގައި މީހަކު ޖެއްސުމަށްފަހު އެމީހާ ވެގެންދާނީ މާލެ ސިޓީއަށް ނިސްބަތްވާ މީހަކަށް ކަމަށްވެސް މޭޔަރ ވިދާޅުވިއެވެ. ނަމަވެސް ފްލެޓް މިލްކު ނުވާހާލަތެއްގައި، އެވަގުތަކު ރައްވެހިންގެ ރަޖިސްޓްރީގައި ތިބި ފަރާތްތައް އެ ހާލަތުގައި ކޮންމެވެސް ތަނެއްގައި އެމީހުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

    "ފަހި ދިރިއުޅުން ކޯޕަރޭޝަން އިން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ރަށްވެހިންގެ ރަޖިސްޓްރީ ހަދާދޭން ޖެހޭ. މިނިސްޓްރީ ވެސް އޮތީ އަންގާފަ. ދެން އޮތީ ކުލި ނުދެއްކިގެން ވިއްކާލާ ހާލަތުގައި ދެން ވާނީ ކިހިނެތް ހެއްޔޭ؟ މި ވަރަށް ރެއަރ ކޭސް އެއް. މިފަދަ ހާލަތުގައި އެ ތަނެއްގެ ރަށްވެހި ރަޖިސްޓްރީގައި ތިބި މީހުންނަށް ކޮންމެވެސް ގޮތެއް އޮންނަން ޖެހޭނެ" މޭޔަރ އާޒިމް ވިދާޅުވިއެވެ.

    ކަމަކީ މިހާރު ވެސް މަދުމަދުން ދިމާވަމުން އަންނަ މައްސަލައެއް ކަމަށާއި، މިކަމަށް ކޮންމެވެސް އިދާރާއަކުން ހައްލު ހޯދާދޭން ޖެހޭނެ ކަމަށް އާޒިމު ދެކިވަޑައިގަންނަވައެވެ.

    ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ ވިދާޅުވާ ގޮތުގައި މިއީ އެކަމަނާގެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުންގެ މަސްލަހަތު އޮތް ކަމެއް ކަމަށާއި، މިކަމާ ބެހޭގޮތުން ފްލެޓް ލިބުނު ފަރާތްތަކާއި، ފަހި ޔޫނިއަންގެ ބޭފުޅުންނާއި އެކު މަޝްވަރާކޮށް ހިޔާލު ހޯދަންޖެހެއެވެ. އަދި މާލޭގެ ދަފްތަރަކީ ހަމަ މާލެގެ ރައްޔިތުން ކަމަށާއި މިކަމަށް ވިހާވެސް އަވަސް ހައްލެއް ހޯދުމަށް އެކަމަނާ އެދިވަޑައިގަންނަވައެވެ.

    ހުޅުމާލެ މެދު ދާއިރާގެ ކައުންސިލަރ އަޙްމަދު ސަނީހް ހަނީފް އިސްލާހެއްވެސް ހުށަހެޅުއްވިއެވެ. އެ އިސްލާހުގައި ވަނީ  ދަފްތަރުގައި ޖައްސާ މީހުންގެ ތެރެއިން ފްލެޓް ލިބުނު ފަރާތާއި، އެތަނުގައި އިތުރަށް ރަށްވެހިކަމުގެ ރަޖިސްޓްރީވާ އެހެން ފަރާތްތައް ފާހަގަ ކުރެވޭނެހެން އުސޫލެއް ގެންގުޅުން މުހިއްމު ކަމަށެވެ. އެމީހުންނަކީ ފްލެޓް ލިބިފައިވާ ފަރާތާއި އެއް ހަމައެއްގައި ބޯހިޔާވަހިކަން ކަށަވަރުވެފައިވާ ބަޔަކަށް ނުވާތީ ފްލެޓް ލިބޭ ފަރާތް އެނގޭނެހެން ދަފްތަރު އެކުލަވާލުމަށް އޭނާ ހުށަހެޅިއެވެ.

    ]]>
    Wed, 03 Jun 2026 19:21:42 +0500 ހީރަސް
    6 ރައީސުންގެ ޒާތީ އެތައް ކަމެއް ދޮންނައަށް ފެނިލައްވާނެ: ރައީސް ސޯލިހު https://heerasnews.com/4241 https://heerasnews.com/4241 އިބްރާހީމް ޙަލީމް (ދޮންނަ) ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން އެ އާއިލާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅެވެއްޖެއެވެ.

    އިބްރާހީމް ހަލީމަކީ 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރެއްވި ހާދިމެކވެ. ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި ހަލީމް ދައުލަތަށް ހިދުމަތް ކުރެއްވި 50 އަހަރު ތެރެއިން، 40 އަހަރަށް ވުރެ ގިނަދުވަހު، ދެމި ހުންނެވީ 2 ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ 6 ރައީސުންނަށް ހިދުމަތް ކުރެއްވުމުގައި މުލީއާގޭގައެވެ.

    މައިގަނޑު ގޮތެއްގައި ކުރެއްވި ކަމަކީ ސުފުރާމަތި ބެލެހެއްޓެވުން ކަމަށާއި ރައީސް ސޯލިހު މުލީއާގޭގައި އުޅުއްވި އިރުވެސް އެ ހިދުމަތުގައި ދެމި ހުންނެވިކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

    ކޮންމެ ދުވަހަކުހެން ދޮންނަ އާއި ބައްދަލުވެވަޑައިގަންނަވާ ކަމަށް  ރައީސް ސޯލިދާޅުވިއެވެ.

    6 ރައީސުންގެ ދުވަހުގެ ޒާތީ އެތައް ކަމެއް ދޮންނައަށް ފެނިލައްވާފައި ހުންނާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

    ރައީސް ސޯލިހު ވިދާޅިވީ ހަލީމްއަކީ ވަރަށް ތެދުވެރިކަމާ، އަމާނާތްތެރިކަމާއެކު ހިދުމަތް ކުރެއްވި ބޭފުޅެކަމަށެވެ.

    މަރުހޫމް ހަލީމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވުމަށް ރައީސް ސޯލިހު ދުއާ ދަންނަވައެވެ. 

    ]]>
    Wed, 03 Jun 2026 08:08:39 +0500 ނިއުސް ޑެސްކް
    ހިތަދޫ އުތުރުން ހޮވަންވީ ނަތީޖާ ނެރެދީފައިވާ ސޯބެ: ޝާހިދު https://heerasnews.com/4238 https://heerasnews.com/4238 ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހޮވަންވީ ނަތީޖާ ނެރެދެއްވާފައިވާ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުއްލާ ސޯދިގު (ސޯބެ) ކަމަށް، އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

    އައްޑޫ ސިޓީއަށް ހަގީގީ ކުރިއެރުން ހޯދައިދިނުމަށް ބޭނުން ވަނީ ސާބިތުކަން ދައްކާފައިވާ އިހުލާސްތެރި ވަރުގަދަ ލީޑަރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ހިތަދޫ އުތުރު ދާއިރާއަށް އެންމެ ރަނގަޅު ބޭފުޅަކީ ސޯބެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

    ދާއިރާގެ މުސްތަގުބަލަށްޓަކައި، ސޯބެގެ ތަޖުރިބާ އާއި، ތަަސައްވުރާއި، އިހުލާސްތެރިކަމަށް އިތުބާރު ކުރައްވައި، ޖޫން 6 ގައި ކެންޑިޑޭޓު ނަމްބަރު 2 އަށް ވޯޓު ދެއްވަން ޝާހިދު އެދިވަޑައިގަންނަވައެވެ. 

    އިންތިހާބުގެ ވޯޓުލުން އޮންނަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހު ހެނދުނު 8 ން ހަވީރު 4 ޖަހަންދެނެވެ.

    އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރ ހޮވަން ބާއްވާ ބައި އިލެކްޝަނުގައި ޖުމްލަ 7 ފޮށި ވޯޓުލާން ބަހައްޓާނެއެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫގައި ބަހައްޓާ 5 ފޮއްޓާއި މާލޭގައި ބަހައްޓާ 2 ފޮއްޓެވެ.

    ]]>
    Mon, 01 Jun 2026 22:24:47 +0500 ހީރަސް
    ރާއްޖޭގެ ނަމޫނާއަށް ބަލައިގެން ސީޕްލޭންގެ ހިދުމަތް ލަކްޝަދީބަށް https://heerasnews.com/4234 https://heerasnews.com/4234 ލަކްޝަދީޕުގައި ރާއްޖޭގެ ނަމޫނާއަށް ބަލައިގެން ސީޕްލޭންގެ ހިދުމަތް ފެށުމަށް އިންޑިއާގެ މަރުކަޒީ ސަރުކާރުން ހުއްދަ ދީފިއެވެ. މިއީ އެ ސަރަޙައްދުގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

    ލަކްޝަދީޕުގެ ރީތި ފަރުތަކާއި ފަޅުތަކުގެ މަތިން ސީޕްލޭންގައި ދަތުރުކުރުމުގެ ހުވަފެން ހަގީގަތަކަށް ވުމާ މިވަނީ ވަރަށް ގާތްވެފައެވެ. ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމަށްޓަކައި، އިންޑިއާގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން ވަނީ އެ އަތޮޅުގެ ހަ ރަށެއްގައި "ވޯޓަރ އެއިރޮޑްރޯމް" ނުވަތަ މޫދު ބަނދަރުތައް ހެދުމުގެ ތިމާވެށީގެ ހުއްދަ ދިނުމަށް ލަފާދީފައެވެ.

    މި މަޝްރޫޢުގެ ދަށުން ކޮޗިން އާއި ލަކްޝަދީޕުގެ ހަ ރަށެއް ކަމަށްވާ ކަވަރައްޓީ، ކަލްޕޭނީ، ކިލްޓާން، ކަޑްމަތު، މިނިކޯއި އަދި އަގައްޓީ ސީޕްލޭން މެދުވެރިކޮށް ގުޅާލެވޭނެއެވެ. މީގެ ސަބަބުން، އިންޑިއާގެ އެންމެ އެކަހެރި އަދި އެންމެ ހިތްގައިމު އެއް މަންޒިލަށް ފަތުރުވެރިން ދަތުރުކުރާ ގޮތަށް ބޮޑު ބަދަލެއް އަންނާނެއެވެ.

    ލަކްޝަދީޕުގެ ރީތި ފަޅުތަކާއި މުރަކައިގެ ރަށްތަކަށް ދިއުމަކީ މީގެ ކުރިން ފަސޭހަ ކަމެއް ނޫނެވެ. ފަތުރުވެރިން ބަރޯސާވާން ޖެހެނީ އަގައްޓީއަށް ކުރާ މަދު ފްލައިޓްތަކަށާއި، ކޮޗިންއިން ކުރާ ދިގު ކަނޑު ދަތުރުތަކަށެވެ. ނަމަވެސް، ސީޕްލޭންގެ ހިދުމަތާއެކު މި ދަތިތަކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

    މަޝްރޫޢަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ކާމިޔާބު ނަމޫނާއަށް ބަލައިގެން ފަރުމާކޮށްފައިވާ މަޝްރޫޢެކެވެ. ރާއްޖޭގައި ސީޕްލޭންގެ ހިދުމަތަކީ ލަގްޒަރީ ފަތުރުވެރިކަމުގެ ރަމްޒެކެވެ. ހުރިހާ ހުއްދަތަކެއް ލިބި، މަސައްކަތް ނިމުމުން، ލަކްޝަދީޕަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް އާދައިގެ އެއާޕޯޓްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ސީދާ ރަށްރަށުގެ ފަޅުތަކަށް ސީޕްލޭންގައި ގޮސް ފޭބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

    ލަކްޝަދީޕުގެ ފަތުރުވެރިކަމަށް ބޮޑު ސަމާލުކަމެއް ލިބުނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތަށް ފަހުއެވެ. ބޮޑުވަޒީރު މޯދީ އާންމުކުރެއްވި ފޮޓޯތަކާއި ވީޑިއޯތަކުގެ ސަބަބުން، ލަކްޝަދީޕަކީ ދުނިޔޭގެ ފެންވަރުގެ ފަތުރުވެރި މަންޒިލަކަށް ހެދުމުގެ ފުރުސަތު އޮތްކަން ހާމަވެގެންދިޔައެވެ.

    މި މަސައްކަތުގެ އަމަލީ ތަޖުރިބާތައް މިހާރު ވަނީ ފެށިފައެވެ. އެގޮތުން، މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ކޮޗިން އާއި ލަކްޝަދީޕާ ދެމެދު ފުރަތަމަ ފަހަރަށް ސީޕްލޭންގެ ޓެސްޓް ދަތުރެއް ވަނީ ކާމިޔާބުކަމާއެކު ކޮށްފައެވެ. "ޑީ.އެޗް.ސީ.6-400 ޓްވިން އޮޓާ" މަރުކާގެ މި ބޯޓު ފުރަތަމަ ޖައްސާފައިވަނީ އަގައްޓީއަށެވެ. އޭގެ ފަހުން ކަވަރައްޓީގެ ފަޅުތެރެއަށް ވަރަށް އޮމާންކަމާއެކު ބޯޓު ޖެއްސުމާއެކު، މިއީ ލަކްޝަދީޕުގެ ތާރީޚުގައި މޫދަށް ސީޕްލޭން ޖެއްސި ފުރަތަމަ ފަހަރު ކަމުގައި ވެގެންދިޔައެވެ.

    ކަމާބެހޭ ފަރާތްތަކުން މި ޓެސްޓް ދަތުރު ސިފަކޮށްފައިވަނީ އެ އަތޮޅުގެ ދަތުރުފަތުރުގެ ތާރީހުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައެވެ.

    މަޝްރޫޢުގެ ދަށުން ގާއިމުކުރާ "ވޯޓަރ އެއިރޮޑްރޯމް" ތަކަކީ އާދައިގެ ބޮޑެތި އެއާޕޯޓްތަކާ ތަފާތު ތަންތަނެވެ. މީގެ ތެރޭގައި ހިމެނެނީ ފަސިންޖަރުން މަޑުކޮށްލައިގެން ތިބޭނެ ކުދި ޓާމިނަލްތަކާއި، ފެންމަތީގައި އޮންނަ ހިނގާ މަގުތަކުގެ އިތުރުން ސީޕްލޭން ކައިރިކުރާނެ ހާއްސަ ބަނދަރުތަކެވެ.

    ލަކްޝަދީޕް ހަ ރަށުގެ ތެރެއިން އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރާނެ ކަމަށް ބެލެވެނީ ކަވަރައްޓީއަށެވެ. ހިސާބުތަކުން ދައްކާގޮތުގައި އަހަރަކު 16,000 އަށްވުރެ ގިނަ ފަތުރުވެރިން އެ ރަށަށް ދަތުރުކުރާނެއެވެ. މީގެ އިތުރުން އަގައްޓީ، ކަލްޕޭނީ އަދި ކިލްޓާން، މިއިން ކޮންމެ ރަށަކަށް އަހަރަކު ގާތްގަނޑަކަށް 8,000 ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މި ހިދުމަތުގެ ސަބަބުން ރަށްރަށުގެ ދެމެދުގައި ކުރާ ދަތުރުތަކުގެ ވަގުތު ވަރަށް ބޮޑަށް ކުޑަވެ، މިހާރު ދިއުމަށް ދަތި ރަށްރަށަށް ފަސޭހައިން ދެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

    ރޭވިފައިވާ ގޮތަށް މި މަޝްރޫޢު ކުރިއަށް ހިނގައްޖެނަމަ، މިއީ ލަކްޝަދީޕުގެ ފަތުރުވެރިކަމަށް އަންނާނެ އެންމެ ބޮޑު ބަދަލު ކަމުގައި ވެގެންދާނެއެވެ.

                        

    ]]>
    Sun, 31 May 2026 09:57:40 +0500 ހީރަސް
    ފެންބޮޑުވި ހޮހަޅައިގާ ތާށިވި ފަސްމީހަކު ހަފްތާއެއް ފަހުން ދިރިތިއްބާ ފެނިއްޖެ https://heerasnews.com/4229 https://heerasnews.com/4229 ލާއޯސްގެ ފެންބޮޑުވެފައިވާ ހޮހަޅައެއްގެ ތެރޭގައި ހަފުތާއެއް ވަންދެން ތާށިވެފައި ތިބި ފަސް މީހަކު ސަލާމަތުން ތިއްބާ ފެނިއްޖެއެވެ.

    ހުސްވި ހަފްތާގައި ލާއޯސްއަށް ކުރި ބޯ ވިއްސާރައިގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ފެންބޮޑުވި ހޮހަޅައެއްގެ ތެރޭގައި ތާށިވި ފަސް މީހަކު، އެތައް ދުވަހަކު ބަންދުވެފައި ތިއްބާ ސަލާމަތްކުރާ ފަރާތްތަކުން ހޯދައިފިއެވެ. މި ހާދިސާގައި އެ މީހުންނާއެކު ތިބި އިތުރު ދެ މީހަކު އަދިވެސް ނުފެންނަ ކަމަށް، މި މަސައްކަތުގައި ހަރަކާތްތެރިވާ ލާއޯސް އާއި ތައިލެންޑުގެ ރެސްކިއު ޓީމުތަކުން މައުލޫމާތުދެއެވެ.

    މި ހަތް މީހުންނަކީ ލާއޯސްގެ މެދުތެރޭގެ ޒައިސޮމްބޫން ޕްރޮވިންސަށް ނިސްބަތްވާ ބަޔެކެވެ. އެ މީހުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ހޮހަޅައަށް ވަނީ ރަނާއި ޖަނަވާރު ހޯދުމަށެވެ. ނަމަވެސް، ހޮހަޅައިގެ ދޮރު ބަންދުވުމުގެ ސަބަބުން އެ މީހުންނަށް ބޭރަށް ނިކުމެވޭގޮތް ވަނީ ނުވެފައެވެ.

    ސަލާމަތްކުރާ ފަރާތްތަކުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ފަރާތްތަކުން ހަރަކާތްތެރިވަމުން ދިޔައީ ފެންބޮޑުވެ، ކިސަޑުން ފުރިފައިވާ ހަނި މަގުތަކެއްގެ ތެރޭގައެވެ. "ރެސްކިއު ވޮލަންޓިއާ ފޯ ޕީޕަލް" ގެ ފަރާތުން ވާހަކަދެއްކި ބޫންހަމް ލުއަންގްލާތު ބުނި ގޮތުގައި، ގެއްލިފައިވާ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. "އަދިވެސް އަހަރެން މިހުރީ ބިރުން ގަނޑުވެފައި. މިއީ އަހަރެމެންގެ ޓީމުން ކުރި ވަރަށް ބޮޑު މަސައްކަތެއް،" އޭނާ ފޮނުވި އަޑުގެ މެސެޖެއްގައި ބުނެފައިވެއެވެ.

    ސަލާމަތްކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ބިމުގެ އަޑިއަށް ވަރަށް ފުންކޮށް ދެމިގެން ގޮސްފައިވާ މި ހޮހަޅަ ނިޒާމަކީ އިންތިހާއަށް ހަނި ތަނެކެވެ. މީގެ ބައެއް ދިމާދިމާލުގައި ހުންނަނީ އެންމެ 50 ސެންޓިމީޓަރު (20 އިންޗި) އެވެ.

    "އަހަރެމެންނަށް ފަސް މީހަކު ސަލާމަތުން ފެނިއްޖެ. އެންމެންގެ ހާލުވެސް ރަނގަޅު،" ރެސްކިއު ވޮލަންޓިއާ ފޯ ޕީޕަލް އިން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ.

    ތައިލެންޑުގެ ރެސްކިއު މަސައްކަތްތެރިއެއް ކަމަށްވާ ކެންގްކަޗް ބަންގްކަވޮންގް ފޭސްބުކްގައި ބުނި ގޮތުގައި، މި މީހުން ފެނިފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 16:30 ހާއިރުއެވެ. ފިންލޭންޑުގެ މާހިރު ޑައިވަރެއް ކަމަށްވާ މިކޯ ޕާސީ ބުނި ގޮތުގައި، މި މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. ސަބަބަކީ ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެފައި އޮތުމާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ބިރު އޮތުމާއި، އަދި ވައި ނުސާފުވުމުގެ ނުރައްކާ އޮތުމުންނެވެ. އޭނާ ލަފާކުރާ ގޮތުގައި މި ހަތް މީހުން ތާށިވެފައި ތިބީ ހޮހަޅައިގެ ދޮރުން ފެށިގެން ގާތްގަނޑަކަށް 300 މީޓަރު (984 ފޫޓު) އަޑީގައެވެ.

    މި މީހުން ހޮހަޅައަށް ވަނީ ވެރިރަށް ވިއެންޓިއާންއާ 120 ކިލޯމީޓަރު އުތުރުގައި އޮންނަ ސަރަހައްދަކުންނެވެ. އެ ސަރަހައްދުގެ ރެސްކިއު މަސައްކަތްތެރިއެއް ކަމަށްވާ ބައެންގް ބުނި ގޮތުގައި، އެއީ ވަކި މީހެއްގެ މިލްކިއްޔާތުގައި އޮންނަ ތަނެއް ނޫން ކަމުން، އާންމުން އެތަނަށް ގޮސް ކާނާ ހޯދުމަށާއި އެކި ބޭނުންތަކަށް ވަޅު ކޮނެ ހަދައެވެ.

    މި އޮޕަރޭޝަނުގައި ބައިވެރިވި ކެންގްކަޗް އަކީ، 2018 ވަނަ އަހަރު ތައިލެންޑުގެ ޗިއަންގް ރާއީ ޕްރޮވިންސުގެ ހޮހަޅައެއްގައި ތާށިވި 12 ކުޑަކުދިންނާއި އެ ކުދިންގެ ފުޓްބޯޅަ ކޯޗު ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނުގައިވެސް ބައިވެރިވި މީހެކެވެ. މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓުނު އެ ހާދިސާއާ ގުޅިގެން "ތާރޓީން ލައިވްސް" އަދި "ދަ ރެސްކިއު" ފަދަ ފިލްމުތަކާއި ޑޮކިއުމެންޓްރީތައް ވެސް ވަނީ އުފައްދާފައެވެ.

    ]]>
    Thu, 28 May 2026 08:31:38 +0500 ނިއުސް ޑެސްކް
    އޭސީސީގެ ރައީސަކީ ނަތީޖާ ނެރެދެވޭ ބޭފުޅެއް ނޫން: ކުރީގެ ޕީޖީ https://heerasnews.com/4225 https://heerasnews.com/4225

    ނަތީޖާ ނެރެވޭ މީހުންނާ ހަވާލުކޮށްގެން ނޫނީ ރާއްޖޭން ކޮރަޕްޝަން ނައްތާ ނުލެވޭނެކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމު ވިދާޅުވެއެވެ. އޭސީސީގެ މިހާރުގެ ރައީސަކީ ނަތީޖާ ނެރެވޭނެ ފަދަ ބޭފުޅެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.   

    ކޮރަޕްޝަންގެ މައްސަލައަށް ހައްލެއް ލިބުމަކީ، ރާއްޖޭގެ ތަރައްގީ ހެޔޮ މިސްރާބަކަށް ބަދަލުކުރުމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށް ވިދާޅުވެ އުސްތާޒު ޝަމީމް އޭނާގެ ބްލޮގްގައި ހައްލުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. ޝަމީމް ވިދާޅުވާ ގޮތުގައި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ އޭސީސީ ޖެހެނީ އުވާލާށެވެ. 

    އޭސީސީގެ ވެބްސައިޓުގައި 2024 ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ރިޢާޔަތް ކުރައްވާ ޝަމީމް ވިދާޅުވަނީ އޭސީސީ ފޭލިވެފައިވާ ކަމަށެވެ. އޭސީސީން ގޮތް ނުނިންމި 3501 މައްސަލަ އޮތްއިރު ހުސްވި އަހަރަކު ކޮމިޝަނަށް ނިންމުނީ 297 މައްސަލައަށް ވީމާ މިހާރު ހުރި މައްސަލަތައް ނިންމަންވެސް އެރޭޓުން 11 އަހަރު ނަގާނެކަމަށް އޭނާ ވިދާޅުވެއެވެ. ނިންމުނު މައްސަލައިގެ ތެރެއިން ޝަރީއަތަށް ފޮނުވޭވަރުވީ އެންމެ 8 މައްސަލަކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

    އިތުރު މައްސަލަ ހުށަހެލޭނަމަ އެއަށްވުރެވެސް މުއްދަތު ދެމިގެންދާނެކަމަށް ޝަމީމު އަންދާޒާކުރައްވައެވެ. އެހެން ކަމުން އޭސީސީ ފޭލިވެފައިވާ ވަރު އޭސީސީގެ ވެބްސައިޓުން  އެއޮތީ ފެންނާށެވެ. އެހެން ކަމުން ޝަމީމު ވިދާޅުވަނީ އޭސީސީ މިހާރު އޮތް ގޮތް އެއްކޮށް ބަދަލުކުރަން ޖެހޭ ކަމަށެވެ. ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާއިން އެނގުނު އެއްޗަކީ އޭސީސީ ވަކި މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެގެން ނެރެވުނު ނަތީޖާއެއް ނެތް ކަމެވެ. 

    ޝަމީމު ވިދާޅުވަނީ އޭސީސީގައި މިހާރު ހުރީ ސަރުކާރުގެ ރައީސެއް ކަމަށެވެ. ކޮންމެ ސަރުކާރެއްގައި ވެސް އެކަން އޮންނަނީ އެހެން ކަމަށް ވިދާޅުވަމުން ޝަމީމު ވިދާޅުވަނީ އޭސީސީގެ 5 މެމްބަރުންގެ ބަދަލުގައި މަޖިލީހުން ހޮވާ އެންމެ ކޮމިޝަނަރެއް ބެހެއްޓުމަށެވެ. އެކަން ކުރަން ފެނި ވަޑައިގަންނަވާ ގޮތް ވެސް ޝަމީމު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެއެވެ.

    ]]>
    Tue, 26 May 2026 13:30:00 +0500 ހީރަސް
    އެއްތަކެއްގައި ކާރަކުންޖެހި 3 މީހުން މަރުވެއްޖެ https://heerasnews.com/4224 https://heerasnews.com/4224 ޔުގެންޑާގެ ނޭޝަނަލް ޕާކެއްގައި ދުއްވާފައި ދިޔަ އުޅަނދެއް އެއްތަކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން ތިން މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.

    އެ ގައުމުގެ ހުޅަނގު އުތުރުގައި އޮންނަ މާޗިސަން ފޯލްސް ނޭޝަނަލް ޕާކުގައި އާދީއްތަ ދުވަހުގެ ހަވީރު ހިނގި މި ހާދިސާގައި އިތުރު ހަތަރު މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

    ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި އުޅަނދުގައި ދަތުރުކުރީ ޔުގެންޑާ ރެވެނިއު އޮތޯރިޓީ (ޔޫ.އާރު.އޭ) ގެ ހަތް އޮފިޝަލުންނެވެ.

    ޔުގެންޑާއަކީ މަގުމަތީގެ އެކްސިޑެންޓްތައް އާންމު ގައުމެކެވެ. މީގެ އިތުރުން، އިންސާނުން ދިރިއުޅޭ ސަރަހައްދުތައް ފުޅާވެ، ހިމާޔަތްކޮށްފައިވާ ޖަންގަލިތަކާ ކައިރިވަމުންދާތީ، ވަލު ޖަނަވާރުންނާއި އިންސާނުންނާ ދެމެދު ހިނގާ މިފަދަ ހާދިސާތައް ވެސް ދަނީ އިތުރުވަމުންނެވެ.

    ޔުގެންޑާ ޕޮލިސް ފޯސްއިން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ އަރުއާ ސިޓީން ފުރައިގެން ވެރިރަށް ކަމްޕާލާއަށް އެ އުޅަނދު ދަތުރުކުރަނިކޮށެވެ.

    އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ އެ ސަރަހައްދުގެ ހޮސްޕިޓަލެއްގައެވެ. ނަމަވެސް، ފަހުން އިތުރު ފަރުވާއަށް އެމީހުން ވަނީ ކަމްޕާލާއަށް ބަދަލުކުރެވިފައެވެ. މި ހާދިސާގައި އެތަށް ލިބުނު ގެއްލުމުގެ އެއްވެސް ތަފްސީލެއް އޮފިޝަލުން ހާމައެއް ނުކުރެއެވެ.

    ޔުގެންޑާ ވައިލްޑްލައިފް އޮތޯރިޓީން ވަނީ މަގު ހުރަސްކުރާ ޖަނަވާރުތަކަށް ސަމާލުވުމަށް ޑްރައިވަރުންނަށް އިލްތިމާސްކޮށްފައެވެ.

    އެ އިދާރާއިން ބުނެފައިވަނީ، "ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ދަތުރުކުރާ އުޅަނދުތައް ދުއްވާއިރު، ވަލު ޖަނަވާރުތައް ގިނަގިނައިން މަގު ހުރަސްކުރާނެތީ، ވަރަށް ބޮޑަށް ސަމާލުވެގެން ދުއްވުމަށް ހަރުކަށިކޮށް އިރުޝާދު ދެން،" ކަމަށެވެ.

    ]]>
    Tue, 26 May 2026 09:38:51 +0500 ނާއިރާ
    އަންހެން ފުލުހަކު ހިންގި ސިއްރު އޮޕަރޭޝަނެއްގައި 40 ފިރިހެނުން މައްލައުކޮށް ގޯނާކުރަން އުޅުނު https://heerasnews.com/4221 https://heerasnews.com/4221 އިންޑިއާގެ ހައިދަރުއާބާދުގެ މަލްކަޖްގިރީ ޕޮލިސް ކޮމިޝަނަރު ވީ. ސުމަތީ، ދަންވަރުގެ ވަގުތެއްގައި ދިލްސުކްނަގަރު ބަސް ހުއްޓީގައި ސިއްރު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ހަރަކާތަކީ ރޭގަނޑު ވަގުތުތަކުގައި ފުލުހުން ކުރާ ޕެޓްރޯލްގެ ފެންވަރު ބެލުމަށާއި، އެކަނި ދަތުރުފަތުރުކުރާ އަންހެނުންނަށް ކުރިމަތިވާ ނުރައްކާތައް ދެނެގަތުމަށް ހިންގި އޮޕަރޭޝަނެކެވެ.

    މަގުމަތީގައި އަންހެނުންގެ ރައްކާތެރިކަން އޮތް މިންވަރު ވަޒަންކުރުމަށްޓަކައި ހިންގި މި ސިއްރު އޮޕަރޭޝަނުގައި، އައި.ޕީ.އެސް އޮފިސަރު ސުމަތީ ވަނީ ދަންވަރު 12:30 އިން ފެށިގެން 3:30 އާ ހަމައަށް އާންމު ދަތުރުވެރިއެއްގެ ގޮތުގައި ބަސް ހުއްޓީގައި މަޑުކޮށްފައެވެ. ފުލުހުންގެ މަސްދަރުތަކުން މައުލޫމާތުދޭ ގޮތުގައި، ދަންވަރުގެ ވަގުތުތަކުގައި އަންހެނުންނަށް ކުރިމަތިވާ ހަގީގީ ހާލަތު ބެލުމަށްޓަކައި އޭނާ އެ ސަރަހައްދުގައި ހުރީ އެކަނިމާއެކަންޏެވެ.

    އޭނާ އެތާ ހޭދަކުރި ތިން ގަޑިއިރުގެ ތެރޭގައި ފެނިގެންދިޔައީ ކަންބޮޑުވާންޖެހޭ ފަދަ މަންޒަރުތަކެކެވެ. އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ގާތްގަނޑަކަށް 40 ފިރިހެނުން އޭނާއާ މައްލައުކޮށް ގޯނާކުރަން މަސައްކަތް ކުރިއެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި، މީގެ ތެރޭގައި މަސްތުވާތަކެއްޗާއި ރަލުގެ ނުފޫޒުގައި ތިބި މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ޒުވާނުންނާއި، ދަރިވަރުން އަދި އަމިއްލަ ވަޒީފާތަކުގައި އުޅޭ މީހުންވެސް ހިމެނޭ ކަމަށް ފާހަގަ ކުރެވިފައިވެއެވެ.

    މި އޮޕަރޭޝަނުގެ ބައެއްގެ ގޮތުގައި އާންމު ހެދުމުގައި ކައިރީގައި ތިބި ފުލުހުންގެ ޓީމުތަކުން ވަނީ ވަގުތުން ހަރަކާތްތެރިވެ، ޝައްކު ކުރެވޭ ގޮތަކަށް އުޅުނު މީހުންނާއި ބަސް ހުއްޓީގައި ތިބެ އުނދަގޫ ކުރި މީހުން ހިފަހައްޓާފައެވެ. ފުލުހުން ބުނި ގޮތުގައި، އަންހެނުންނަށް ގޯނާކުރުމާއި އާންމު މަސްލަހަތު ގެއްލޭ ފަދަ އަމަލުތައް ހިންގި މީހުންނާ މެދު ވަނީ ގާނޫނީ ފިޔަވަޅު އަޅާފައެވެ.

    މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރޭގަނޑު ޕެޓްރޯލް ކުރުން ހަރުދަނާކުރުމާއި، އާންމު ތަންތަނުގެ ތެރެއިން ނުރައްކާ އޮތް ތަންތަން ދެނެގަތުމެވެ. މީގެ އިތުރުން، މި އޮޕަރޭޝަނުގެ ތެރެއިން ހިފެހެއްޓުނު މީހުންނަށް ކައުންސެލިންގް ދިނުމާއި، އަންހެނުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

    ހިފެހެއްޓުނު މީހުންގެ ވަނަވަރާއި އެމީހުންނާ މެދު އެޅޭ ގާނޫނީ ފިޔަވަޅުތަކުގެ އިތުރު ތަފްސީލު ފުލުހުންގެ އިދާރާއިން ހާމަކުރާނެ ކަމަށް ބެލެވެއެވެ.      

    ]]>
    Sun, 24 May 2026 22:47:10 +0500 ނިއުސް ޑެސްކް
    ހޮހަޅަށް ފީނި މީހުންގެ މަރާގުޅޭ ކުށުގެ ތަހުގީގު އިޓަލީން ފަށައިފި https://heerasnews.com/4220 https://heerasnews.com/4220 ރާއްޖޭގައި ހިނގި ނުރައްކާތެރި ކޭވް ޑައިވިންގް ހާދިސާގައި އިޓަލީގެ ފަސް ރައްޔިތަކު މަރުވި މައްސަލައިގައި، އިހުމާލުން މީހަކު މެރުމުގެ ކުށުގެ ތަހުގީގެއް އިޓަލީގެ ޕްރޮސެކިއުޓަރުން ފަށައިފި ކަމަށް އެ ގައުމުގެ ހަބަރުތަކުން ރިޕޯޓްކޮށްފިއެވެ.

    ރޯމްގެ ޕްރޮސެކިއުޓާސް އޮފީހުން އިސްވެ ކުރިއަށްގެންދާ މި ތަހުގީގުގައި މައިގަނޑު ގޮތެއްގައި ބަލާނީ ވ. އަތޮޅުގެ ކޭވް ސިސްޓަމެއްގައި ކުރި މި ޑައިވިންގް ދަތުރުގައި ކަން ހިނގައިދިޔަ ގޮތާއި އެކަމާ ގުޅުންހުރި އެންމެހާ ކަންކަމެވެ.

    ހަބަރުތައް ބުނާގޮތުން، މަރުވި މީހުންގެ ހަށިގަނޑުތައް އަނބުރާ އިޓަލީއަށް ގެންދިއުމާއެކު، މަރުވި ސަބަބު ދެނެގަތުމަށާއި ހާދިސާ ހިނގި ގޮތް ތަފްސީލީ ގޮތެއްގައި ބެލުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ޕްރޮސެކިއުޓަރުން އަމުރުކުރާނެ ކަމަށް ބެލެވެއެވެ.

    މީގެ އިތުރުން، މި ޑައިވިންގް ދަތުރުގައި ބޭނުންކުރި "ޑޫކް އޮފް ޔޯކް" ނަމަކަށް ކިޔާ ސަފާރީގައި ތިބި އިޓަލީގެ ރައްޔިތުންނާ ސުވާލުކޮށް، މި ހާދިސާއާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ވެސް ތަހުގީގީ އިދާރާތަކުން ވަނީ ނިންމާފައެވެ.

    މި ހާދިސާއަކީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި އަދި ކޭވް ޑައިވިންގް އެންމެ ބޮޑު ހާދިސާއަށް ވާއިރު، ރާއްޖެއާއި އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ދަނީ މިކަން ތަހުގީގު ކުރަމުންނެވެ. ވ. އަތޮޅުގެ ކޭވް ސިސްޓަމުން މީހުން ހޯދުމުގެ މަސައްކަތުގައި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޭވް ޑައިވިންގް މާހިރުން ވަނީ ފެންއަޑީގެ ނުރައްކާތެރި ހާލަތްތަކުގައި މަސައްކަތް ކޮށްފައެވެ.

    މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ އެ ސަރަހައްދުން ފެނުނު ގޯޕްރޯ ކެމެރާތަކާއި ޑައިވިންގް ސާމާނުތައް ވަކިން ތަހުގީގު ކުރަމުންނެވެ. މި ތަކެތީގެ ޒަރީޢާއިން، ޑައިވަރުންގެ އެންމެ ފަހުގެ ހަރަކާތްތަކާއި، ފެންއަޑީގެ ފެންނަ މިންވަރާއި، ދިމާވި ފަންނީ މައްސަލަތައް ދެނެގަނެވޭނެ ކަމަށް ތަހުގީގީ އިދާރާތަކުން ގަބޫލުކުރެއެވެ.

    ]]>
    Sun, 24 May 2026 17:57:35 +0500 ނިއުސް ޑެސްކް
    ޝަހުޒާނާއި ލީވާން ޖަލަށްލުމަކީ ދައުލަތުން ދިން އަނިޔާއެއް: މަހުފޫޒު https://heerasnews.com/4212 https://heerasnews.com/4212

    ލީވާން އާއި ޝަހުޒާން ޖަލަށް ލީ ކްރިމިނަލް ކޯޓުން އުފެއްދި ހާލަތެއްގެ ދަށުންކަމަށް މަޝްހޫރު ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވިދާޅުވެއެވެ.  ހިނގަމުންދާ މައްސަލައެއްގެ ވާހަކަ ދެއްކުމަކީ ކުށަކަށް ހަދާ އެ ދެމީހުން ޖަލަށް ލާން ހުކުމް ކުރީ ވެސް ކްރިމިނަލް ކޯޓުންކަމަށް އޭނާ ވިދާޅުވިއެވެ

    މީހަކު ޖަލުގައި ބަންދުކުރެވުމަކީ އޭނާގެ އެތައް އަސާސީ ހައްގުތަކެއް ހިފެހެއްޓި އަމިއްލަ މިނިވަންކަމާއި އިހުތިޔާރުތައް ދޫކޮށްލަން ޖެހޭ ކަމަށާއި މިނިވަންކަމާއެކު އުޅޭ މީހަކަށް އިހުސާސު ވެސް ކުރެވޭނެ ހާލަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

    ވަކީލު މަހުފޫޒު ވިދާޅުވާގޮތުގައި ޖަލުގައި މީހުން ބަންދުކުރުމުގެ އަދަބުގެ އަސާސަކީ ވަކި މީހެއްގެ ފުށުން މުޖުތަމައު ސަލާމަތްކުރުމެވެ. އޭގެ ބޭނުމަކީ ވަކި މީހަކީ މުޖުތަމައުއަށް ދޫވެފައި ހުރެއްޖެނަމަ އޭނާގެ ފުށުން މުޖުތުމައުއަށް ނުރައްކާވެދާނޭ ފަދަ މީހަކަށްވާނަމަ އޭނާ އެކަހެރި ކުރުމެވެ. ޖަލަށް ލުމުގެ އަދަބު ދެވޭ އަސާސް ގާނޫނުލްއުގޫބާތުގެ 1201 ވަނަ މާއްދާގައި ކިޔައިދީފައި އޮތްކަމަށް ވިދާޅުވީ އެމާއްދާގައި އޮތީ ތިން ސަބަބެކެވެ. 

    (1)  މުޖުތަމައުގެ ރައްކަލަކަށްޓަކައި ކުށްވެރިޔާ މުޖުތަމައުން އެކަހެރިކޮށްފައި ބަންދުކުރުމުގެ ބޭނުންތެރިވުން؛

    (2)  ކުށްވެރިޔާ ކުރި ކުށުގެ އަމަލަކީ މުޖުތަމައު ކުށްވެރިކުރާ ނުރައްކާތެރި އަމަލެއްކަމަށް ދެއްކުމަށްޓަކައި ކުށްވެރިޔާ އެކަހެރިކޮށް ބަންދުކުރުން ކޮންމެހެން ބޭނުންތެރިވުން، ނުވަތަ

    (3)  ކުށްވެރިޔާގެ ހާލަތަށާއި، އޭނާ ކުޅަ ކުށުގެ އަމަލަށް ބަލާއިރު، އެކަހެރިކޮށް ބަންދުކުރުން ފިޔަވައި އެކަށީގެންވާ އެހެން އަދަބެއް ނެތުން.

    ލީވާންއާއި ޝަހުޒާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުން މި މާއްދާގައި ބުނެފައިވާ އެއްވެސް މަގުސަދެއް ހާސިލުނުވާ ކަމަށް މަހުފޫޒު ވިދާޅުވެއެވެ. ޖަލަށް ލުމުގެ އަދަބު ދިނުމުގައި ބަލަންޖެހޭ މިންގަނޑުތަކެއް ހުރިކަމަށާއި އަދަބު ކަނޑައެޅުމުގެ އިލްމުގެ ފަލްސަފާއަކީ ވެސް ކޯޓުން ރިއާޔަތްކުރި ކަމެއް ނޫން ކަމަށް މަހުފޫޒު ވިދާޅުވިއެވެ. 

    ކުށުގެ ނުރައްކާތެރިކަމާއި ކުޑަބޮޑުމިނަށް ބަލައި ޖަލަށް ލުމުގެ އަދަބު ފިޔަވައި އެހެން އަދަބުތައް ދިނުމަށް ވެސް ގާނޫނުލްއުގޫބާތު ތަންދޭކަމަށާއި އެ ގާނޫނުގެ 1005 ވަނަ މާއްދާގައި އެ ތާވަލް އޮތްކަމަށް ވަކީލް މަހުފޫޒު ވިދާޅުވެއެވެ.

    ލީވާންއާއި ޝަހުޒާން ޖަލުގައި ބަންދުކުރުމުގެ އަދަބު ދިން ދިނުމަކީ ދައުލަތުން އެ ދެމީހުންނަށް ދިން އަނިޔާއެއް ކަމަށް މަހުފޫޒު ވިދާޅުވެއެވެ. މި މޭރުމުން މަހުފޫޒު ވާހަކަ ދައްކަވާފައިވަނީ އަދަދު ނުހުގައި އޭނާ ލިޔުއްވާ ޝާއިއުކުރެއްވި ލިޔުމެއްގައެވެ.  

    ]]>
    Fri, 22 May 2026 15:15:47 +0500 ނިއުސް ޑެސްކް
    މިސްކިތަކަށް ބަޑިން ހަމަލާއެއްދީ ފަސްމީހުން މަރާލައިފި https://heerasnews.com/4202 https://heerasnews.com/4202 ކެލިފޯނިއާގެ އިސްލާމިކް ސެންޓަރ އޮފް ސެން ޑިއޭގޯގައި ހޯމަ ދުވަހުގެ ހެނދުނު ދިން ބަޑީގެ ހަމަލާއެއްގައި ތިން މުސްލިމުން ޝަހީދުކޮށްލައިފިއެވެ. ނަފުރަތުގެ އަމަލެއްގެ ގޮތުގައި ބެލެވޭ މި ހަމަލާ ދީފައިވަނީ އުމުރުން 17 އަހަރާއި 18 އަހަރުގެ ދެ ޒުވާނުން ކަމަށާއި، މި ހަމަލާއަށްފަހު އެ ދެމީހުން އަމިއްލައަށް މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

    ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، ހަމަލާ ދިން އެކަކުގެ މަންމަ ވަނީ އެ ހާދިސާ ހިނގުމުގެ ދެ ގަޑިއިރު ކުރިން ފުލުހުންނަށް ގުޅައި، އޭނާގެ ދަރިފުޅު ހަތިޔާރާއެކު ގެއިން ނުކުމެފައިވާ ކަމަށާއި އަމިއްލައަށް މަރުވާން އުޅޭ ކަމަށް ފެންނަ ކަމަށް ރިޕޯޓުކޮށްފައެވެ. ފުލުހުން އެ ޒުވާނުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ސަރަހައްދުގެ ގަޑިން ހެނދުނު 11:43 ހާއިރު މި ބަޑީގެ ހަމަލާ ވަނީ ދީފައެވެ.

    މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އެ މިސްކިތުގެ ސެކިއުރިޓީ ގާޑަކު ހިމެނެއެވެ. ފުލުހުން ވަނީ އޭނާއަކީ އިތުރު ބަޔަކަށް ލިބިދާނެ ގެއްލުންތަކަކުން ސަލާމަތްކުރި ބަތަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި މަރުވި އެއްވެސް މީހެއްގެ ވަނަވަރެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

    މިސްކިތުގައި ބަޑީގެ ހަމަލާ ދިނުމަށްފަހު، އެ ދެމީހުން ކާރުގައި ދަމުން ކައިރީގައި މަސައްކަތްކުރަމުން ދިޔަ މީހަކަށްވެސް ބަޑިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވެއެވެ. އެހެންނަމަވެސް އެ މީހާ ވަނީ ސަލާމަތްވެފައެވެ. ފަހުން ފުލުހުންނަށް އެ ދެ ޒުވާނުން ފެނުނުއިރު، އެމީހުން ތިބީ ކާރު ތެރޭގައި އަމިއްލައަށް ބަޑިޖަހައި މަރުވެފައެވެ.

    ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މިއީ ނަފުރަތުގެ ސަބަބުން ދިން ހަމަލާއެކެވެ. އެގޮތުން، އެކަކު ދޫކޮށްލާފައިވާ ލިޔުންތަކުގައި ނަފުރަތު އުފެދޭ ފަދަ ވާހަކަތަކެއް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މީގެ ކުރިން އެ މިސްކިތަށް އެއްވެސް ކަހަލަ އިންޒާރެއް ލިބިފައިވާކަން އެނގިފައެއް ނުވެއެވެ.

    ހަމަލާ ދިން ވަގުތު މިސްކިތުގެ އަލް ރަޝީދު ސްކޫލުގައި ކިޔަވަމުންދިޔަ ކުދިން ވަނީ ރައްކާތެރިކަމާއެކު އެތަނުން ބޭރުކޮށްފައެވެ. އަދި ފުލުހުން އެ ސަރަހައްދު ބަލައި ފާސްކުރަމުން ދިޔައިރު، ކައިރީގައި ހުރި އެހެން ސްކޫލުތައްވެސް ވަނީ ބަންދުކޮށްފައެވެ.

    އިމާމް ތާހާ ހަސަން ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިސްކިތަކީ އަޅުކަންކުރާ ތަނެކެވެ. އެއީ ހަނގުރާމައިގެ މައިދާނެއް ނޫނެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައި މިވަނީ މުޅި ދުނިޔޭގެ މުސްލިމުން އީދު ފާހަގަކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

    ]]>
    Tue, 19 May 2026 15:44:56 +0500 ނާއިރާ
    ހައްޖުވިސާގެ މުއްދަތު ހަމަވުމުން މަޑުކުރާ މީހުނަށް ހަރުކަށި ފިޔަވަޅުއަޅަނީ https://heerasnews.com/4199 https://heerasnews.com/4199 ހައްޖު ވިސާގެ މުއްދަތު ހަމަވުމަށްފަހު ސައުދީ އަރަބިއްޔާގައި މަޑުކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެ ގައުމުން ދީފިއެވެ.

    ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިންޓީރިއަރ އިން ހާމަކުރެއްވި ގޮތުގައި، ވިސާގެ މުއްދަތު ހަމަވުމަށްފަހު އެ ގައުމުގައި ގަވާއިދާ ހިލާފަށް މަޑުކުރާ ބިދޭސީން 50,000 ސައުދީ ރިޔާލައިން ޖޫރިމަނާކުރުމާއެކު، ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ގައުމުން ޑިޕޯޓްކޮށްލެވޭނެއެވެ.

    ހައްޖުގެ މަތިވެރި އަޅުކަމަށް ވަޑައިގަންނަވާ އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ހައްޖު މޫސުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ކަމާބެހޭ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެ މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ގޮތުން ދެވެން އޮންނަ ހަރުކަށި އަދަބުތައް ދެވޭނެކަމަށްވެސް ބުނެފައިވެއެވެ.

    މީގެއިތުރުން، އެއްވެސް ފަރާތަކުން މިފަދަ ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން ފާހަގަކުރެވިއްޖެނަމަ، މައްކާ، މަދީނާ، ރިޔާދު އަދި އިރުމަތީ ސަރަހައްދުތަކުން 911 އަށް، އަދި އެ ގައުމުގެ އެހެނިހެން ސަރަހައްދުތަކުން 999 އަށް ގުޅައި އެކަން ރިޕޯޓްކުރުމަށްވެސް އާންމުންގެ ކިބައިން ވަނީ އެދިފައެވެ.

    ]]>
    Mon, 18 May 2026 14:45:34 +0500 ނާއިރާ
    ގާނޫނުއަސާސީއާ ހިލާފުވީ މީހުންގެ މައްޗަށް ދައުވާކުރަންޖެހޭ: ސުއޫދު https://heerasnews.com/4198 https://heerasnews.com/4198 ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ގަސްތުގައި ލާފުވެއްޖެކަމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ގާނޫނީ މާހިރު އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ. އުސްތާޒު ސުއޫދު އެހެން ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލައި އަތޮޅު އޮފީސްތައް އުފެއްދުމާ ގުޅިގެންނެވެ. 

    ރައީސް މުއިއްޒުގެ މުށުތެރޭގައި ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން އުވާލާފައި އޮތުމުން އަތޮޅުތައް ހިންގުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އިދާރާއެއްގެ ގޮތުގައި ކޮންމެ އަތޮޅެއްގައި އަތޮޅުއޮފީސް މިހާރު ވަނީ އުފައްދާފައެވެ. 

    އެހެންނަމަވެސް އެއީ އެހެން ކުރެވޭން އޮތްކަމެއް ނޫންކަން އަންގާދެއްވުމުގެ ގޮތުން އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވީ "ގާނޫނުއަސާސީގައި އޮތް ގޮތުން އިދާރީ ދާއިރާއެއް ހިންގަންޖެހޭނީ އަތޮޅުގެ ރައްޔިތުން އިންތިހާބު ކުރާ މެންބަރުން" ކަމަށެވެ.

    ގާނޫނު އަސާސީގައި ރާއްޖޭގެ އިދާރީ ދާއިރާތައް ވަރަށް ސާފުކޮށް ކަނޑައަލާފައިވެއެވެ، އިދާރީ ދާއިރާތައް ހިންގަންޖެހޭނީ އެކަމަށް ރައްޔިތުން އިންތިހާބުކުރާ ބަޔަކު ކަމަށްވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮވެއެވެ.

    މިހާރު އެވަނީ ގަސްދުގައި ގާނޫނ އަސާސީއާއި ހިލާފުވެފައެވެ. ޖިނާއީ ކޯޓުގެ އިސް ގާޒީ ކަމާއި ރާއްޖޭގެ ބަންޑާރަ ނައިބުކަމާއި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓްގެ ފަނޑިޔާރުކަން ކުރައްވާ އަދި ރާއްޖޭގެ ގާނޫނީ ދާއިރާގައި އިލްމީ އެންމެ ގިނަ ފޮތް ލިޔުއްވާފައިވާ ކުޅަދާނަ ގާނޫނީ މާހިރު އުސްތާޒު ހުސްނުއްސުއޫދު ވިދާޅުވަނީ "ގާނޫނުއަސާސީއާ ހިލާފުވީ މީހުންގެ މައްޗަށް ދައުވާކުރަންޖެހޭ" ކަމަށެވެ.

    ]]>
    Mon, 18 May 2026 13:04:15 +0500 ހީރަސް
    ގެގް އޯޑަރާއި ގުޅިގެން ހައިކޯޓު ރަޖިސްޓްރަރގެ ނިންމުން ގާނޫނާ ހިލާފް https://heerasnews.com/4194 https://heerasnews.com/4194

    އަދަދު ނޫހުން ޝާއިއުކުރި އައިޝާ ޑޮކިއުމެންޓްރީއާއި ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރަން އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސުލުތަކާއި އިޖްރާއާތުތަކާ ހިލާފަށް ނިންމާފައިވާ އަރބިޓްރަރީ ނިންމުމެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުއްލާ ދީދީ ވިދާޅުވެއްޖެއެވެ. 

    މައްސަލާގައި ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައި ވަނީ އެމްޖޭއޭއަކީ އެ އަމުރު ނިސްބަތްވާ މައްސަލައިގައި ހިމެނޭ ފަރާތަކަށް ނުވާތީ އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އެ ޖަމިއްޔާ އަށް ނެތް ކަމަށެވެ. ނަމަވެސް ޑރ. އަހުމަދު އަބްދުއްލާ ދީދީ ވިދާޅުވަނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޝަރީއަތް ހިންގުން ކަަވަރުކޮށްދޭ އެންމެ އަސާސީ އެއް މަބްދައަކީ އިސްތިއުނާފުކުރުމުގެ ހައްގުކަން އެނގެން އޮންނައިރު، ކޯޓުތަކުން އިއްވާ ހުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފުކުރުމުގެ ހައްގަކީ މައްސަލައާ ގުޅުންހުރި ކޮންމެ ފަރާތަކަށްވެސް ލިބިގެންވާ ހައްގެއްކަމަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމަށެވެ.

    ހަވާލާދެވޭ ކޯޓު އަމުރު ރައްދުވާ ފަރާތްތަކުގެ ތެރޭގައި ނޫސްވެރިންވެސް ޝާމިލުވެގެންވާކަން އެނގެން އޮންނަ ހިނދު، ނޫސްވެރިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތް ކުރުމަށް އުފައްދާފައިވާ ޕްރޮފެޝަނަލް އޮރގަނައިޒޭޝަން ކަމުގައިވާ އެމްޖޭއޭ އަކަށް ބުނެވުނު އަމުރު އިސްތިއުނާފު ކުރުމުގެހައްގު ލިބިގެންނުވާކަމަށް ކަނޑައަޅައި ނިންމާފައިވާ ނިންމުމަކީ އިސްތިއުނާފުކުރުމުގެ އަސާސީ ގަވާއިދުތަކާއި އުސޫލުތަކާއި އިޖްރާއާތުތަކާ ހިލާފަށް ނިންމާފައިވާ އަރބިޓްރަރީ ނިންމުމެއްކަމާ މެދު އެއްވެސް ޝައްކެއްނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވެއެވެ. 

    ]]>
    Sun, 17 May 2026 19:41:33 +0500 ނިއުސް ޑެސްކް
    ރަންތާޖެއް އަޅުވާފައި ބޭންދިޔަސް ހިމާރެއް ވާނީ ހިމާރަކަށް: ޝަހުޒާން، ލީވާން https://heerasnews.com/4184 https://heerasnews.com/4184 ރަން ތާޖެއް އަޅުވައި ބޮޑު ތަހުތެއްގައި ބޭންދިޔަސް، ހިމާރެއް ވާނީ ހަމަ ހިމާރަކަށް ކަމުގައި ލީވާނާއި ޝަހުޒާނު ބުނެފިއެވެ. އައިޝާ ޑޮކިއުމެންޓްރީއާއި ގުޅިގެން ކޯޓު ހުރުމަތް ކެނޑުމުގެ ކުށުގައި މިވަގުތު ޖަލުގައި ތިބި ދެ ނޫސްވެރިންކަމުގައިވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާނު އެހެން ބުނެފައިވަނީ އެ ދެމީހުންގެ ދިފާއީ ވަކީލުން މެދުވެރިކޮށް އަދަދު ނޫހުގައި ޝާއިއުކުރި މެސެޖެއްގައެވެ. 

    ނޫސްވެރިކަމާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ދެ ނޫސްވެރިން ބުނެލަން އޮތް އެއްޗެއްކަމަށް ބުނެފައިވަނީ ގަދަބާރުން ހުރުމަތާއި އިއްޒަތެއް ނުހޯދޭނެކަން ދަތުމަށެވެ. ކިތަންމެ ވަރުގަދައަށް ޗޭނުޖަހާ ބަންދުކޮށް ކުޑަގޮޅިއަކަށް ލިޔަސް، ސިންގާއެއް ވާނީ ހަމަ ސިންގާއަކަށް ކަމަށްވެސް ލީވާނާއި ޝަހުޒާނު ބުނެފައިވެއެވެ. 

    ޝަހުޒާނާއި ލީވާނު މިވަގުތު ޖަލުގައި އެތިބީ އެއްވެސް ކުށެއް ކޮށްގެން ނޫންކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީގައި އަބަދުވެސް ކެތްތެރިކަން އިސްކުރަންވާނެ ކަމަށާއި އަނިޔާވެރިންގެ ކުރިމަތީގައި އިސްޖަހައި، އެ މީހުން އުފާވާނެ ފަދަ އެއްވެސް މާޔޫސްކަމެއް ނުދެއްކުމަށް އެ ދެ ނޫސްވެރިންގެ މައިންބަފައިންނާއި އަނބިދަރިންގެ ކިބައިން އެދިފައިވެއެވެ. އާއިލީ ލޯތަކުން އޮހޭ ކަރުނައަކީ އަނިޔާވެރިންނަށް ލިބޭނެ އުފަލަކަށް ވިޔަނުދިނުމަށް ހިތްވަރުގަދަ ދެ ނޫސްވެރިން އެދިފައިވެއެވެ. 

    ނޫސްވެރިކަން ހަނިކޮށް، ނޫސްވެރިކަށް މަރާލުމަށްފަހު ވަޅުލުމަށް، ސަރުކާރާއި ރައީސް މުއިއުޒް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އެންމެހާ ނޫސްވެރިން އެކަތިގަނޑަކަށްވެ ނޫސްވެރިކަމުގެ ހައްގުގައިވާ ގުރުބާނީ ބޭކާރުވިޔަ ނުދިނުމަށް ނުސްވެރިންގެ ކިބައިން ލީވާނާއި ޝަހުޒާނު އެދެއެވެ. 

    ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި އަޑުއުފުލައި ވަކާލާތުކުރާ ހުރިހާ ފަރާތްތަކަށް އިހުލާސްތެރި ޝުކުރު އަދާކުރަމުން، ކުރާ ހިތްވަރުގަދަ މަސައްކަތުގައި ސާބިތުވެ ތިބުމަށް އެދެމުން ޝަހުޒާނާއި ލީވާން ބުނަނީ އެ ދެނޫސްވެރިންގެ ހިތްވަރަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި ނުވެސް ގެނެވޭނެ ކަމަށެވެ. 

    ]]>
    Fri, 15 May 2026 13:34:15 +0500 ހީރަސް
    މެންބަރު ޕާޓީން ވަކިކޮށްގެން ދިއްގަރު ދާއިރާގޮނޑި ހުސްކޮށްލަނީ. https://heerasnews.com/4179 https://heerasnews.com/4179 އިތުބާރު ހުރި މަސްދަރަކުން މައުލޫމަތުދޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އަހުމަދު ނާޒިމް ވަކިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރ އިބްރާހީމް ފަލާހު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

    މަޖިލީހުގެ މިހާރުގެ ނައިބުރައީސް ޕީއެންސީގެ މެންބަރ ކަމުން ވަކިކޮށް ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްކޮށްލުމަށް ދަނީ ރޭވެމުންކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

    އަނެއްކޮޅުން މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މެލޭސިޔާއަށް ފުރާވަޑައިގަތުމަށް ތައްޔާރު ވަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

    މައުލޫމާތު ލިބޭގޮތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުއްލާ ވެސް މަގާމުން ވަރަށް އަވަހަށް ވަކިކުރުމުގެ ވިސްނުމެއް ޕީއެންސީން ގެންގުޅޭ ކަމަށްވެސް މައުލޫމަތު ލިބިފައިވެއެވެ.

    ]]>
    Wed, 13 May 2026 16:36:11 +0500 ނިއުސް ޑެސްކް
    ހައްގުބަސް ބުނެގެން ޖަލަށްދާން ޖެހުނަސް ސާބިތުވެ ހުންނާނަން: އައްބާސް https://heerasnews.com/4177 https://heerasnews.com/4177 ‏ނުބައި، ނުލަފާ، ދޮގުވެރި، މަކަރުވެރި، އަނިޔާވެރިއެއްގެ ކުރިމަތީގައި ރައްޔިތުންގެ ހައްގަށް ވަކާލާތުކޮށް ހައްގުބަސް ބުނަންޖެހުނު ކޮންމެ މާލަމެއްގައި ހައްގުބަސް ބުނެގެން ޖަލައް ދާންޖެހުނަސް އެކަމަށް ތައްޔާރުވެ ސާބިތުކަންމަތީ ހުރިކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

    ދާދި ދެންމެއަކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މެންބަރ އައްބާސް ވިދާޅުވީ ރައީސް މުއިއްޒުގެ  މި އަނިޔާވެރިކަން ހިތިގޮތަކަށް ނިމިގެންދާނީ ގައުމުގެ ހައްޤުގައި ބަޔަކު ނިކުމެ ގުރުބާނީތަކެއް ވެގެން ކަމަށެވެ.

    ހައްގުބަސް ބުނުމާއި ހައްގަށް ވަކާލާތުކުރުމުގައި އެކަކުވެސް ބިރުން ފަހަތަށް ޖެހިގެން ނުވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ. 

    މެންބަރު އައްބާސްއަކީ ރައީސް މުއިއްޒުގެ އަނިޔާވެރިކަމާއި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކާ ދެކޮޅަށް ހައްގުބަސް ވިދާޅުވުމުގައި ދެމިހުންނަވާ މެންބަރެއްކަން ފާހަގަކޮށްލެވެއެވެ.

    ]]>
    Wed, 13 May 2026 14:53:44 +0500 ހީރަސް
    3 ރައީސުން ގުޅިގެން ގައުމު ސަލާމަތްކުރަން ނިކުތުމަށް ފައްޔާޒު ގޮވާލައިފި https://heerasnews.com/4176 https://heerasnews.com/4176 މުޅި ދައުލަތް ހިސޯރުކޮށްގެން ހުންނެވި މ. ދިމްޔާތު މުހައްމަދު މުއިއްޒު އެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ކުރެއްވި ހުވަޔާ ހިލާފުވެ ބުއްދި ފިލައި ގޮސްފައި ކަމަށާއި ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަށް އަލްއުސްތާޒު ފައްޔާޒު އިމާއީލް ވިދާޅުވެއްޖެއެވެ.

    ފައްޔާޒު ވިދާޅުވީ މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް ނަޝީދާއި ރައީސް ސޯލިހާއި ރައީސް ޔާމީނު އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.

    "އަޅުގަނޑުމެން މި ތިބީ ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް." ފައްޔާޒު ވިދާޅުވިއެވެ.

    "މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރަން" އޮނަރަބަލް ފައްޔާޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގޮވާލެއްވިއެވެ.

    ]]>
    Wed, 13 May 2026 13:27:48 +0500 އެޑިޓަރ
    ހައްގަށް ނަސްރު އަންނާނެ. ސާބަސް ދަރިފުޅު: ޝާޒް (ތަޖޫ) https://heerasnews.com/4174 https://heerasnews.com/4174 ނޫސްވެރިޔާ މުހައްމަދު ޝަހުޒާނުގެ ހިތްވަރު ގަދަކަމަށް އޭނާގެ އާއިލާގެ ފަރާތުން ބައްޕަ އަހުމަދު ޝާޒް (ތަޖޫ) ތައުރީފް ކުރައްވައިފިއެވެ.

    ރައީސް މުއިއްޒު އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި އަދަދު ނޫހުގެ ހިތްވަރުގަދަ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް މުއިއްޒާ ކުރެއްވި ސުވާލަކާ ގުޅިގެން 15 ދުވަހަށް މޫސްވެރިޔާ ޝަހުޒާން ވަނީ ޖަލަށް ިއަދު ޖަލަށް ލާފައެވެ.

    ރައީސް މުއިއްޒު އަރިހުން ނޫސްވެރިޔާ ޝަހުޒާން އެއްސެވީ ރައީސް އޮފީހުގެ އާދައިގެ އަންހެން މުއައްޒަފާ ސިގްނަލް އެޕް މެދުވެރިކޮށް ރޭގަނޑުގެ ނު ގަޑިގަޑީގައި އެކި ރޭ މަތިން އެކި ގަޑީގައި 58 ކޯލް ކުރެއްވީ ކީއްވެތޯއެވެ. އެކޯލް ތަކުގައި ރައީސް އޮފީހުގެ އާދައިގެ އަންހެން މުއައްޒަފަކާ ދައްކަވަން އޮތީ ކޮން ވާހަކައެއްތޯއެވެ. 

    ރައީސް މުއިއްޒަށް ޖަވާބު ނުދެއްވުނު އެ ހޫނު ސުވާލަށް ލިބުނު ޖަވާބަކީ ނޫސްވެރިޔާ އެ މާލަމުން ނެރެލުމާއި 15 ދުވަހަށް ޖަލަށްލުމެވެ. ނޫސްވެރިޔާ ޝަހުޒާނު ޖަލަށް ލުމާއި ގުޅިގެން އޭނާގެ ބައްޕަ އަހުމަދު ޝާޒް ވިދާޅުވީ މުއިއްޒާ އާއި ނިއުސް ކޮންފަރެންސް އެއްގައި ސުވާލު ކޮއްލި ހިތްވަރުގަދަ ނޫސްވެރިޔާ އަށް ކޯޓަށް ހާޒިރުކޮށް ލޯޔަރަކު ހޯދަން ދިނީ އެންމެ 2 ގަޑިއިރު ކަމަށެވެ.

    ލޯޔަރު އެއީ ފިހާރައިގައި ވިއްކަން ހުންނަ އެއްޗެއްތޯ ސުވާލުކރައްވަމުން ޝާޒު ވިދާޅުވީ "ހައްގަށް ނަސްރު އަންނާނެ. ސާބަސް ދަރިފުޅު" މިހެންނެވެ. 

    އަހުމަދު ޝާޒަކީ ސިފައިންގެ ހިދުމަތުން ރިޓަޔަރ ވެގެން ހުންނެވި ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަނެއް ކަމުގައިވާ "ތަޖޫ" އެވެ. 

    ]]>
    Tue, 12 May 2026 21:07:18 +0500 އެޑިޓަރ
    ނޫސްވެރިން ކަމުގައިވާ ޝަހްޒާން އާއި ލީވާން ވަގުތުން މިނިވަންކުރޭ: ޝާހިދު https://heerasnews.com/4173 https://heerasnews.com/4173 އަދަދު ނޫހުގެ ޝަހްޒާން މުހައްމަދާއި ލީވާން އަލީ ނަސީރް ވަގުތުން މިނިވަން ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ގޮވާލައްވައިފިއެވެ. އަދި ނޫސްވެރިންގެ ޒިންމާ އަދާކޮށްގެން ޖަލަށް ހުކުމް ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ.

    ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު އެކަމަށް ގޮވާލެއްވީ މިއަދަކީ ރާއްޖޭގެ ނޫސްވެރިކަމުގައި އަނދިރި ދުވަހެއް ކަމަށާއި ވަޒީފާގެ ޒިންމާ އަދާކޮށްގެން ނޫސްވެރިން ޖަލަށް ލައިގެން ނުވާނެ ކަމަށް ވިދާޅުވަމުންނެވެ. 

    ދެނޫސްވެރިން ޖަލަށްލުމަކީ މިނިވަން ނޫސްވެރިކަމަށް ލިބުނު ބޮޑު ދެރައެއް ކަމަށާއި ބާރުވެރި ފަރާތްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރާ އެންމެންނަށް ދިން ބޮޑު އިންޒާރެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ އާއްމު މަޖިލީހުގެ 76 ވަނަ ރައީސް  ޝާހިދު ވިދާޅުވިއެވެ. 

    ކްރިމިނަލް ކޯޓުން މިއަދު ޝަހްޒާން 15 ދުވަހަށް ޖަލަށް ހުކުމްކުރީ ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލަކާ ގުޅިގެންނެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށް ހުކުމްކުރީ ކޯޓުން ނެރުނު އަމުރެއްގެ ވާހަކަ ނޫހުގައި ލިޔުމުންނެވެ. 

    ޝަހުޒާން އާއި ލީވާންގެ މައްސަލަ ވެސް ގުޅުވާފައި ވަނީ އަދަދުން ނެރުނު "އައިޝާ" ޑޮކިޔުމެންޓްރީގައި ރައީސް މުހައްމަދު މުއިއްޒަށް ކުރާ ސީރިއަސް ތުހުމަތުތަކާއެވެ. އެ ތުހުމަތުތަކުގެ ވާހަކަ ހުއްޓުވުމަށް ކޯޓުން ވަނީ މުޅި ރާއްޖެއަށް "ގޭގް އޯޑަރެއް" ނެރިފައެވެ.

    ]]>
    Tue, 12 May 2026 20:19:06 +0500 ހީރަސް
    ބިރުދައްކާ މަޖުބޫރު ކުރުވައިގެން ނެރޭ ކޯޓު އަމުރަކަށް ތަބާވާކަށް ނުޖެހޭ: ބޮންޑާ https://heerasnews.com/4172 https://heerasnews.com/4172 ފަނޑިޔާރުންނަށް ބިރުދައްކާ މަޖުބޫރު ކުރުވައިގެން ޢަދި ގާނޫނު އަސާސީ އާއި ހިލާފަށް ނެރޭ ކޯޓު އަމުރަކަށް ތަބާވުމަކީ ގާނޫނު އަސާސީއާއި ހިލާފުވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ ކުރީގެ މެންބަރ އިބްރާހީމް ރަޝީދު (ބޮންޑަ) ވިދާޅުވެއްޖެއެވެ.

    އައިޝާ ޑޮކިއުމެންޓްރީ އާއި ގުޅުވައިގެން ކްރިމިނަލް ކޯޓުން ނެރުނު ކޯޓުއަމުރަކީ ފަނޑިޔާރުންނަށް ބިރުދައްކާ މަޖުބޫރު ކުރުވައިގެން ނެރުވި އަމުރެއް ކަމަށް ތުހުމަތު ކުރައްވަމުން ބޮންޑަ ވިދާޅުވީ އެ ފަދަ އަމުރެއް ތަމްފީޒު ކުރުމުގައި އެހީތެރިވެ ދިނުމަށް އެއްވެސް ފަރާތަކުން ކޯޓަށް ހާޒިރުވާން ނުޖެހޭނެ ކަމަށެވެ.

    ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެނަްބަރު ބޮންޑަ މިމޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ އަދަދުގެ އިސްވެރިންނާ ދެކޮޅަށް ދައުލަތުން ދައުވާކުރާ ގަޒުފްގެ މައްސަލައިގައި ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި ހިލާފަށް ކްރިރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގެ ހަބަރު އަދަދު ނޫހުގައި ޝާއިއުކުރި ނޫސްވެރިޔާ ލީވާން އަލީ ނަސީރު ކޯޓު ހުރުމަތް ކެނޑުމުގެ ކުށުގެ ތުހުމަތުގައި ކްރިމިނަލް ކޯޓަށް ހާޒިރު ކުރުން ކުށްވެރިކުރެއްވުމުގެ ގޮތުންނެވެ. 

    ކްރިމިނަލް ކޯޓުގެ އެ ކޯޓް އަމުރަކީ ގާނޫނު އަސާސީ އޮތްގޮތުން އެ އަމުރަކީ ތަންފީޒު ކުރެވޭނެ އަމުރެއް ނޫންކަމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޖަސްޓިސް ހުސްނުއްސުއޫދު ވެސް ވިދާޅުވެއެވެ. ހުސްނުއްސުއޫދު ވިދާޅުވާ ގޮތުގައި އަމުރުގެ ސްކޯޕް ފުޅާކަމުން އެއަމުރަކީ ރައްޔިތުންނަށް ކިޔަމަންވެވޭ ގޮތަށް އޮތް އަމުރެއް ނޫނެވެ.  

    ]]>
    Tue, 12 May 2026 13:51:29 +0500 ހީރަސް
    ޕީއެންސީއަށް 2028 ލިބެނީ މުއިއްޒު ބާލާ ސެންބެއަށް ވެރިކަން ދީގެން: އައްބާސް https://heerasnews.com/4171 https://heerasnews.com/4171 މެޖޯރިޓީ ޕާޓީއަށް މިވަގުތު އެންމެ މޮޅު ގޮތަކީ ރައީސް މުއިއްޒުގެ ނޯކޮންފިޑެންސް (އިތުބާރު ނެތްކަމުގެ) ވޯޓުނެގުން ކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

    " އެންމެ މޮޅު ގޮތަކީ އޭނަގެ ( ރައީސް މުއިއްޒު) މައްޗަށް ނޯ ކޮންފިޑެންސް ވޯޓެެއް ނަގާ އޭނަ ޝަރީޢަތުގެ ކުރި މައްޗަށް ހާޒިރުކުރުން" ކަމަށް ވިދާޅުވަމުން މެންބަރ އައްބާސް ވިދާޅުވީ ދައުރުގެ ބާކީ ބައިގައި ނައިބު ރައީސް އާ ވެރިކަން ކުރަން ހަވާލުކުރުމަކީ ޕީއެންސިއަށް އޮތް އެންމެ މޮޅުގޮތް ކަމަށެވެ. 

    ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ ވިދާޅުވަނީ ރައީސް މުއިއްޒުގެ ނޯކޮންފިޑެންސް ވޯޓުނަގާ ޝަރީއަތަށް ހާޒިރުކޮށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާ ވެރިކަން ހަވާލު ނުކޮށްފިނަމަ ޕީއެންސީއަށް 2028 ކާމިޔާބު ނުވާނެ ކަމަށެވެ. 

    ރައީސް މުއިއްޒުގެ ނޯ ކޮންފިޑެންސް ނެގުމައްފަހު ގާނޫނާ ހިލާފަށް މުއިއްޒު ކޮށްފައިވާ މުޑުދާރު ކަންކަން ތަހުގީގުކޮށް އޭނާގެ މައްޗަށް މިހާރު ޝަރީއަތް ހިންގީމާ މެޖޯރިޓީ ޕާޓީން ގާނޫނީ ވެރިކަން ދަމަހައްޓާކަން ރައްޔިތުންނަށް ފެންނާނެ ކަމަށް މެންބަރ އައްބާސް ވިދާޅުވިއެވެ. މިއީ މިގޮތުން މެޖޯރިޓީ ޕާޓީއަށް 2028 ކަމިޔާބުކުރަން ލިބޭ ރަނުގެ ފުރުސަތަކަށް ވާނެކަމަށް ވެސް މެންބަރ އައްބާސް ވިދާޅުވިއެވެ.

    ރައީސް މުއިއްޒުގެ ނޮކޮންފިޑެންސް ވޯޓު ނެގުމަށް ގޮވާލާ އެކްސްގައި ކުރެއްވި ޕޯސްޓްގައި މުހައްމަދު އައްބާސް ވިދާޅުވީ ނިމިދިޔަ ކައުންސިލް އިންތިހާބުން މެޖޯރިޓީ ޕާޓީ ބަލިވީ ރައީސް މުއިއްޒަށް ރައްޔިތުން އިތުބާރު ނުކުރާތީ ކަމަށެވެ. " އޭނަ (ރައީސް މުއިއްޒު) ދޮގުހެދިލެއް ގިނަވުމުގެ ސަބަބުން ރިފަރެންޑަމު ވޯޓުން މެޖޯރިޓީ ޕާޓީ ބަލިވީ" ވެލިދޫ ދާއިރާގެ މެންބަރ ވިދާޅުވިއެވެ. 

    މެންބަރ އައްބާސް ވިދާޅުވީ މިހާރު މުޅި ޕާޓިން އެ އުޅެނީ ރައީސް އޮފީސް ތެރޭގައި އޭނަ އަންހެނަކާ މަންޖޯޅުވި ކަންތަކުން ސަލާމަތް ނުވެވިގެން ކަމަށާއި ރައީސް ކަމުން މުއިއްޒު ބޭރު ކުރުމަކީ ގައުމަށްވެސް އަދި މެޖޯރިޓީ ޕާޓީ (ޕީއެންސީ) އަށް ވެސް އެންމެ މޮޅު ގޮތް ކަމަށެވެ.

    މެންބަރު އައްބާސް ވިދާޅުވި ގޮތުގައި އައްބާސް އެ ބަޔާން ކުރެއްވި ވާހަކަފުޅު ތަކަކީ "މީ މެޖޯރިޓީ ޕާޓީ (ޕީއެންސީ)ގެ ގިނަ މެންބަރުން މިހާރު ވިސްނަމުންދާ އަދި ގަބޫލު ކުރާ ގޮތް" ކަމަށެވެ. 

    ]]>
    Tue, 12 May 2026 12:47:47 +0500 ހީރަސް
    ހިންގާ ޝަރީއަތަކަށްޓަކާ އެހެން ބައެއްގެ ހައްގެއް ނުހިފެހެއްޓޭނެ: ރީކޯ https://heerasnews.com/4166 https://heerasnews.com/4166 ފަރުދެއް ނުވަތަ ފަރުދުންތަކެއްގެ މެދުގާ ހިނގާ ޖިނާއީ މައްސަލއެއްގާ މުޅ ގައުމުގެ އެއްމެހާ ރައްޔިތުންގެ މައްޗައް ދަށުކޯޓަކުން އަމުރެއް ނެރެވިދާނެ ކަމަކަށް ގާނޫނު އަސާސީ ގެ އެއްވެސް މާއްދާއެއްގައި ނޯންނާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ވިދާޅުވެއްޖެއެވެ.

    ގާނޫނު އަސާސީއަށް ބަދަލެއް ގެނެސްގެން އެކަމާ މެދު ދުސްތޫރީ މައްސަލއެއް ސްޕްރީމް ކޯޓައް ހުށަހެޅީމާ ސްޕްރީމް ކޯޓުން މައްސަލަ ބަލާ ނިމެނދެންވެސް އާއްމުރައްޔިތުންގެ މައްޗަށް އަމުރެއް ނުނެރެވޭއިރު ބައެއްގެ މެދުގައި ހިންގާ ޖިނާއީ ޝަރީއަތަކާ ގުޅިގެން އެންމެހާ ރައްޔިތުންނގެ މައްޗަށް ކޯޓަކުން އަމުރެއް ނެރެވިދާނެ ކަމަކަށް ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މޫސާ މަނިކު ދެކިވަޑައެއް ނުގަންނަވައެވެ.

    ގާނޫނު އަސާސީގެ 44 ވަނަ މާއްދާގައި ބުނަނީ ކުށުގައި ތުހުމަތުކުރެވޭ މީހުންގެމައްޗައް ތަހުގީގު ހިންގާ ޝަރީއަތް ކުރެވިދާނެކަމަށާއި އެކަމާ ގުޅގެން އެހެން މީހެއްގެ ހައްގަކަށް ނުވަތަ ގާނޫނީ ވާޖިބަކަށް ހުރަސް ނޭޅޭ ނެކަމަށް ވެސް މޫސާ މަނިކު ވިދާޅުވިއެވެ.

    ގާނޫނު އަސާސީ ގެ 59 މާއްދާގައި ބުނާ ހައްގެއް ކޯޓަކުން ހިފަހައްޓާ އަދަބެއް ނުދެވޭނެ ކަމަށާޢި ކޯޓުތަކަށް ލިބިގެންވާ ބާރުތަށް ގާނޫނު އަސާސީ ގެ 42 ވަނަ މާއްދާގައި ބަޔާން ކުރާއިރު މައްސަލައކާއި ގުޅިގެން އަޅާ އިދާރީފިޔަޅު އެޅުމުގައި ކަން ކުރަންޖެހޭ ގޮތް ގާނޫނު އަސާސީ ގެ 43 ވަނަ މާއްދާގައި ވަރަށް ތަފްސީލްކޮށް ބަޔާން ކޮށްފައިވާ ކަމަށް ވެސް މޫސާ މަނިކު ވިދާޅުވިއެވެ. އެގޮތުން އަޅާ ފިޔަވަޅެއް ވެސް ގާނޫނު އަސާސީގެ 62 ވަނަ މާއްދާއާއި 63 ވަނަ މާއްދާއަށް ރިއާއަތް ކުރާއިރު ހައްގުތައް ގެއްލޭކަމަށް ފެންނަ ނަމަ  ގާނޫނަކުން ބާރުލިބިގެން މެނުވީ އެފަދަ އަމުރުތަކަށް ތަބާނުވުމުގެ ހައްގު  ލިބިގެން ވާކަމަށް ގާނޫނު އަސާސީގެ 64 ވަނަ މާއްދާ ބުނާކަން މޫސާ މަނިކު ފާހަގަ ކުރައްވައެވެ.

    އަދަދު ނޫހުން ޝާއިއުކުރި ޑޮކިއުމަންޓްރީ އެއްގައި ރައީސް މުއިއްޒު ޒިނޭކުރިކަމަށް ބުނާކަމަށް ތުހުމަތުކޮށް ޕީޖީން ހުށައެޅި ގަޒްފުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ހިއްސާ ނުކުރުމަށާއި އޭގައި ބަޔާންކޮށްފައިވާ ކަމެއްގެ ވާހަކަ ނުދެއްކުމަށް އަމުރެއް ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރެއް ވަނީ ނެރެފައެވެ.  މިހާރު މިވާގޮތުން ފަރުނީޗަރު ފިހާރައަކުން ސޯފާއެއް ގަނެގެން ޕިކަޕަކަށް އަރުވައގެން ދަނިކޮށް ކޯޓުއަމުރާ ހިލާފުވެގެން ހައްޔަރު ކުރަންވީނޫންތޯ މުސާ މަނިކު އައްސަވައެވެ.

    ]]>
    Mon, 11 May 2026 09:52:38 +0500 ހީރަސް
    މުއިއްޒު ބަލިކަށިވަރު އެނގުނީހީ އެމްޑިޕީ ބައިބައި ނުވާނަމަ: އައްބާސް https://heerasnews.com/4157 https://heerasnews.com/4157 ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެފައިވާ މިންވަރު އެނގުނީހީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ގެ ތެރޭގައި ބައިބައިވުން ނެތްނަމަ ކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

    މެންބަރު އައްބާސް ވިދާޅުވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީން ފެނިގެންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި އެކަކު އަނެކަކު ނޮޅާ ކަމުންދާ ބޮޑު މަންޒަރު ކަމަށެވެ.

    ސަރުކާރު ޖަވާބުދާރީ ކުރަންޖެހުނު މުހިންމު ވަގުތު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާ ނުކުރެވޭކަމަށް އައްބާސް ވިދާޅުވެއެވެ. 

    ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެތަކެއް ހައްގުތަކެއް ގެއްލި ދައުލަތުގެ ތިންބާރު އެކުވެ ގައުމެއްގެ ސިފަ ގެއްލިގެން ރާއްޖޭން ދާކަމަށް މެންބަރު އައްބާސް ވިދާޅުވެއެވެ. 

    ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ވެރިން ވިސްނާ ފިކުރު ކުރާކަށް ނުވޭތޯ އައްބާސް ވަނީ ސުވާލު ކުރައްވާފައެވެ.

    އައްބާސް އައްސަވަނީ "މި ގައުމުގެ ވެރިއަކަށް ހުންނެވި ބޭފުޅަކު ރައީސް އޮފީހިގެ ހުރުމަތް ކަޑާލާ، ޒިނޭގެ ތުހުމަތު ކުރެވުނު ޒަމާނެއް ދިވެހިން ދުށީމުތޯ" އެވެ. 

    މެންބަރު އައްބާސް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ރޭގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

    ]]>
    Fri, 08 May 2026 17:10:12 +0500 އެޑިޓަރ
    ފޮނުވާލާ ޗިޓަކުން އެމްޑިޕީ ލަޝްކަރު ފަހަތަކަށް ނުޖެއްސޭނެ https://heerasnews.com/4152 https://heerasnews.com/4152 އެމްޑީޕީއަކީ ދިވެހިރާއްޖެއަށް އުއްމީދާއި ހެޔޮ ބަދަލު ގެނެސްދޭ، ފަހުރުވެރި ޕާޓީކަމަށާއި ފޮނުވާލާ ޗިޓަކުން، އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ ކަމަށް އެމްޑީޕީ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. 

    އެމްޑީޕީގެ ރައީސް ޝާހިދު އެ މޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ އެމްޑީޕީގެ  ގެ ޒުވާނުންގެ ހިތްވަރުގެ ނައިބު ރައީސް އަނެއްކާވެސް ފުލުހަށް ހާޒިރުކުރަނީ އެއްވެސް އަސާސެއް ނެތިކަމަށް ވިދާޅުވެއެވެ.  

    އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީ އާއެކު ސަރުކާރުގެ މުވައްސަސާތައް މެދުވެރިކޮށް އިދިކޮޅު ހަރަކާތްތެރިންނަށާއި ޕާޓީތަކަށާއި މީޑިއާއަށް ބިރު ދެއްކުން ސަރުކާރުން އާއްމުކަމަކަށް ހަދައިފިއެވެ. 

    ]]>
    Thu, 07 May 2026 11:39:04 +0500 ނިއުސް ޑެސްކް
    ޑްރޯން ބޭނުންކޮށްގެން ޖަލުތަކަށް މަނާ ތަކެތި އެތެރެކުރުން އާއްމުވެއްޖެ https://heerasnews.com/4142 https://heerasnews.com/4142 އެމެރިކާގެ ޖަލުތަކަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޑްރޯން ބޭނުންކޮށްގެން ޖަލުތަކަށް މަނާ ތަކެތި ސީދާ އެތެރެކުރުމެވެ. ސައުތު ކެރޮލައިނާގެ ޖަލުތަކުގައި އެކަނިވެސް މިއަހަރުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ތަކެތި އެތެރެކުރަން އުޅުނު އެތައް ހާދިސާއެއް ވަނީ ރިޕޯޓްކޮށްފައެވެ. މިގޮތަށް އެތެރެކުރާ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި، މޯބައިލް ފޯނާއި، ނުރައްކާތެރި ހަތިޔާރުގެ އިތުރުން، ކާބޯތަކެތީގެ ބައެއް ބާވަތްތައް ވެސް ހިމެނެއެވެ.

    ޓާބެވިލް ކަރެކްޝަނަލް އިންސްޓިޓިއުޝަންގައި ޑްރޯން މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއި ފޯނުތަކެއް ވަނީ އަތުލައިގަނެފައެވެ. ޖަލުގެ ކަޅު ބާޒާރުގައި މި ތަކެތީގެ އަގު 165,000 އެމެރިކާ ޑޮލަރަށް މައްޗެވެ.

    ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ޑްރޯން ބޭނުންކުރުމުން ޖަލުގެ އާންމު ސަލާމަތީ ފިޔަވަޅުތަކަށް ފިލައިގެން، ރޭގަނޑުގެ ވަގުތުތަކުގައި ގައިދީން ތިބޭ ސަރަހައްދުތަކަށް ތަކެތި ވައްޓާލުމުގެ ފުރުސަތު ކުށްވެރިންނަށް ލިބިގެންދެއެވެ.

    ޖަލުތަކަށް މިގޮތަށް އެތެރެކުރާ ތަކެތީގެ ސަބަބުން ހަމަނުޖެހުންތައް ހިނގުމާއި ކުށްކުރުމަށް މަގުފަހިވުމުގެ އިތުރުން ޖަލުން ފިލުމުގެ ނުރައްކާ ބޮޑުވާކަމަށް އޮފިޝަލުން އިންޒާރު ދެއެވެ. މީގެ ކުރިން ހިނގާފައިވާ ހާދިސާއެއްގައި، ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިން އާލާތްތަކެއް ބޭނުންކޮށްގެން ގައިދީއަކު ޖަލުން ފިލާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

    މިފަދަ ނުރައްކާތެރި އަމަލުތައް ހުއްޓުވުމަށްޓަކައި، އެ ބާވަތުގެ އުޅަނދުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ބާރު ދިނުމަށާއި، ގާނޫނުތައް ހަރުދަނާކުރުމަށް އެމެރިކާގެ ގިނަ ސްޓޭޓްތަކަކުން ފެޑަރަލް ސަރުކާރުގައި ދަނީ އެދެމުންނެވެ. ކާބޯތަކެތި ޑެލިވަރީކޮށްދޭހާ ފަސޭހައިން ޑްރޯން މެދުވެރިކޮށް މިފަދަ ތަކެތި ފޯރުކޮށްދެމުންދާއިރު، އެފަދަ އުޅަނދުތައް ދެނެގަނެ ހުއްޓުވުމަށް ޖަލުތަކުގެ އިސްވެރިން ދަނީ އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

    ]]>
    Mon, 04 May 2026 05:13:57 +0500 ނާއިރާ
    ދިވެހި ނޫސްވެރިންނަށް އަޅުގަނޑު ސެލިއުޓް ކުރަން: ރައީސް ސޯލިހު https://heerasnews.com/4138 https://heerasnews.com/4138 ދިވެހި ނޫސްވެރިންނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސެލިއުޓް ކުރައްވައިފިއެވެ. ނަޒާހަތްތެރިކަމާއި ސާބިތުކަމާއެކު ހަބަރުތައް ފޯރުކޮށްދޭ ދިވެހި ނޫސްވެރިންނަށް ރައީސް ސޯލިހު ސެލިއުޓްކުރައްވާ ކަމަށް ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.

    މިނިވަން ނޫސްވެރިކަމަކީ އަޅުގަނޑުމެންގެ ތަރުތީބުވަމުން އަންނަ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ފާހަގަ ކުރެއްވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ނޫސްވެރިކަމަށް ފާހަގަ ކޮށްލެވޭވަރުގެ މިނިވަންކަމެއް އޮތްކަން ފަހަގަ ކުރެއްވިއެވެ. 

    "އަޅުގަނޑުމެންގެ ސަރުކާރުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ 120 ވަނައިން 72 ވަނައަށް ކުރިއަށް ޖެހިފަ" ކަމަށް ވިދާޅުވިއެެވެ.

    ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް 120 އިން 72 ކުރިއަށް ޖެހުނު ޖެހުމަކީ އިހުލާސްތެރި މަސައްކަތުން ނަތީޖާ ނެރެވޭނެކަމުގެ ހެއްކެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 180 ގައުމުގެ ތެރެއިން 108 ވަަނައިގައެވެ.

    ރައީސް ސޯލިހު ވިދާޅުވީ "މިއަދު، ނޫސް އިދާރާތައް ބަލާ ފާސްކޮށް، އެޑިޓަރުން ދަތުރުކުރުން މަނާކޮށް، އަދި ހަގީގަތް ފޮރުވުމަށް ހަރުކަށި ގާނޫނުތަކުގެ ބޭނުން ހިފަމުންދާއިރު، ނޫސްވެރިން ކެރުމާއި ސާބިތުކަމާއެކު ދެމިތިބެންޖެހޭ" ކަމަށެވެ.

    ބިރުދެއްކުމަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

    ]]>
    Sun, 03 May 2026 14:27:13 +0500 އެޑިޓަރ
    ފާއިތުވީ ނޫސްވެރިކަމަށް ހުރަސްއަޅަން މަސައްކަތްކުރި އަހަރެއް: ޝާހިދު https://heerasnews.com/4137 https://heerasnews.com/4137 ފާއިތުވި އަހަރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ދިވެހި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ވަކިން ހާއްސްކޮށް މީޑިއާ ކޮންޓްރޯލް ކުރުމަށް ގާނޫނެއް ފާސްކޮށް ކޮންޓްރޯލް ކޮމިޝަނެއް އުފައްދައި މީޑިއާތައް ހުއްޓުވޭނެ ގާނޫނީ އޮނިގަނޑެއް ރާއްޖޭގައި އެކުލަވާލާފައި ވާކަމަށް ޝާހިދު ވިދާޅުވިއެވެ.

    މިއަދު ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުން އަންނައިރު ޒިންމާދަރުވުމުގެ ބަދަލުގައި މި ސަރުކާރުން އިހުތިޔާރު ކުރީ ނޫސްވެރިިންނަށް ބިރު ދެއްކުން ކަމަށް ވެސް އެމްޑީޕީ ގެ ރައީސް ކަންކުރައްވަމުން ގެންދަވާ އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ.

    ނޫސްވެރިންނާއެކު ސާބިތުވެ ހުންނެވި ކަމަށް ވިދާޅުވަމުން ސަރުކާރު އިސްވެ އޮވެ ނޫސްވެރިންނަށް ފުރައްސާރަކުރުމާއި، ޖިނާއީ ދައުވާ ކުރުން ވަގުތުން ހުއްޓާލުމަށް ޝާހިދު ގޮވާލައްވާފައި ވަނީ އެމަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. 

    ކަންކަން ހާމަކުރުމުގެ ބަދަލުގައި ސަރުކާރުން ވަނީ ބިރު ދައްކަން ފަށާފައިކަމަށާއި ނޫސްވެރިކަން ހަނިކުރާ ގާނޫނުތަކުން ފެށިގެން ނިއުސްރޫމްތަކަށް ފުލުހުން ވަދެ ހިންގި ތަހުގީގުތަކާ ހަމައިން ފެށިގެން މުއިއްޒު ސަރުކާރު ޒިންމާދާރުވުމުގެ ބަދަލުގައި ހިޔާރުކުރީ ބިރު ދެއްކުން ކަމަށް ޝާހިދު ވިދާޅުވިއެވެ. 

    ޕްރެސް ފްރީޑަމް އިންޑެކްސްގައި 180 ގައުމުގެ ތެރެއިން ރާއްޖެ 108 ވަނައިގައި އޮތް އޮތުމަކީ ލަދުވެތި ކަމެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ޕްރެސް ފްރީޑަމް އިންޑެކްސްއަކީ ރިޕޯޓާސް ވިތައުޑް ބޯޑާސް (އާރުއެސްއެފް)އިން ގައުމުތަކުގެ ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރުމުގެ ގޮތުން އަހަރަކު އެއްފަހަރު ކުރާ ދަރަޖަ ކުރުމެކެވެ. 

    ]]>
    Sun, 03 May 2026 13:57:43 +0500 ހީރަސް
    މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށް މޭޔަރ އާޒިމް ގޮވާލައްވައިފި https://heerasnews.com/4131 https://heerasnews.com/4131 މަސައްކަތްތެރިންގެ އަގު ވަޒަންކުރުމަށް މަލޭ މޭޔަރ އާދަމް އާޒިމް ގޮވާލައްވައިފިއެވެ. މޭޔަރ އާޒިމް އެހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަސް ނުވަތަ "މޭޑޭ" ގެ މުނާސަބަތުގައި، ދިވެހި ހުރިހާ މަސައްކަތްތެރިންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

    ހުރިހާ ހާލަތެއްގައިވެސް މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމައަށް އަދާކޮށްދިނުމަށާއި، އެ ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް ގޮވާލައްވަމުން މާލޭ މޭޔަރ ވިދާޅުވީ ދިވެހިރާއްޖޭގެ ހީވާގި، މުރާލި، ފަންނުވެރި އަދި ހިދުމަތްތެރި ހުރިހާ މަސައްކަތްތެރިންނަށް ލޯތްބާއެކު ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.

    ރާއްޖޭގެ ހުރިހާ ހިދުމަތްތެރި މަސައްކަތްތެރިންނަށް ހުރިހާ ގޮތަކުން ކާމިޔާބީއަށް އެދިވަޑައިގަންނަވަމުން މޭޔަރ އާޒިމް ވިދާޅުވީ ދުނިޔެއާއި ދިވެހިރާއްޖެ މިއަދު މިދެކޭ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ މޭސްތިރިންނަކީ މަސައްކަތްތެރިން ކަމަށެވެ. 

    "ޝައްކެއްނެތް ދުނިޔެ ވެސް އަދި ދިވެހިރާއްޖެ ވެސް މި ދެކޭ ތަރައްގީއާއި ކުރިއެރުމުގެ މުގުލުގައި ތިއްބެވި މޭސްތިރިންނަކީ، މަސައްކަތްތެރިން. މިއަދު އަޅުގަނޑުމެންނަށް ފަހިވެފައިވާ ހުރިހައި ފަސޭހަތަކެއްގެ އަސްލަކީ، ހިދުމަތްތެރި މަސައްކަތްތެރިން،" މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.

    އާދަމް އާޒިމަކީ އަމަލާ ބަހުން މަސައްކަތްތެރިކަމާއި މަސައްކަތްތެރިންނަށް ލޯބިކުރައްވާ ނަތީޖާ ނެރެދެއްވުމުގައި މަދުންނޫނީ ނުފެންނަވަރުގެ ނަމޫނާ ބޭފުޅެކެވެ. ފަހުގެ ތާރީހުގައި ރާއްޖޭގައި ކުރެވުނު ބޮޑެތި ގިނަ ކަންކަމުގައި އާދަމް އާޒިމުގެ މޭސްތިރިކަމާއި އަމަލީ ބައިވެރިވުމާއި ލީދަރޝީޕް ފެނިގެން ގޮސްފައިވެއެވެ. 

    ]]>
    Sat, 02 May 2026 14:49:53 +0500 ހީރަސް
    ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒެއްނެތި މިނިވަން ވާންޖެހޭ: ރައީސް ސޯލިހު https://heerasnews.com/4118 https://heerasnews.com/4118 ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެ، މިނިވަންކަމާއެކު މަސައްކަތްކުރާ ތަނަކަށް ވާންޖެހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. މިއަދު ފެންނަމުންދާ މަންޒަރުތަކުން އެކަން އެގޮތަށް ކުރިއަށްދާ ކަމަކަށް ނުބެލެވޭ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

    ރައީސް ސޯލިހު އެ މޭރުމުން ވާހަކަ ދެއްކެވީ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ތަން ބަލާ ފާސްކުރަން ފެށުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވާ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

    ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލާ ފާސްކުރަން ފުލުހުން ވަދެފައިވަނީ " އައިޝާ " ގެ ނަމުގައި އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅޭ ހެކި ހޯދުމަށް ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އަދަދު ނޫހުން ރިޕޯޓް ކުރެއެވެ. 

    ނޫސްވެރިންނާއި ސަރުކާރާ ވާދަވެރި ސިޔާސީ ފަރާތްތަކުން އެކަން ސިފަކުރަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނޫސްތަކަށް ބިރުދެއްކުމަށް ހިންގާ އަމަލެއްގެ ގޮތުގައެވެ. އަދަދު ނޫހަކީ ސަރުކާރުގެ އެކި ނިންމުންތަކާއި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅޭގޮތުން ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔުމުގެ ގިނަ ރިޕޯޓުތަކެއް ޝާއިއުކުރަމުންދާ ނޫހެކެވެ. 

    ]]>
    Mon, 27 Apr 2026 22:56:11 +0500 ހީރަސް
    ނޫސްވެރިކަމުގެ މިނިވަންކަމަކީ ދީފައި އަތުލާ އިނާޔަތެއްނޫން: ޝާހިދު https://heerasnews.com/4116 https://heerasnews.com/4116 ނޫސްވެރިކަމުގެ މިނިވަންކަމަކީ ވެރިކަމުގައި ތިބޭ ބަޔަކު ބޭނުންވުމުން ދީފައި، ބޭނުން ނުވުމުން އަތުލެވޭނެ ފަދަ އިނާޔަތެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ކުރީގެ ހާރިޖީ ވަޒީރު އެހެން ވިދާޅުވީ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ތަން ބަލައި ފާސްކުރުމާ ގުޅިގެން އެ އަމަލު ކުށްވެރިކުރައްވައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

    އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަނުމަކީ މިނިވަން މީޑިއާތައް ނައްތާލުމަށް ސަރުކާރުން ހިންގާ ވަރަށް ނުރައްކާތެރި އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން ޝާހިދު ވިދާޅުވީ މިނިވަން ނޫސްވެރިކަމަށް ބިރުދެއްކުމަށް ސަރުކާރުން ކުރަމުންދާ މިފަދަ މަސައްކަތްތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް އޮތް ހައްގަށް ދެވޭ ސީދާ ހަމަލާއެއް ކަމަށެވެ. 

    މިނިވަން މުއައްސަސާތަކާއި ނޫސްވެރިންނަށް ބިރުދެއްކުމުގެ ސަގާފަތެއް ގާއިމުކުރުމަކީ ގައުމުގެ ޑިމޮކްރަސީ ފަހަތަށް ގެންދާނެ ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އދ މަޖިލީހުގެ ޖެނެރަލް އެސެމްބްލީގެ ރައީސްކަންވެސް ކުރައްވާފައިވާ އޮނަރަބަލް އަބްދުއްލާ ޝަހިދު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއް ތަނބު ކަމަށެވެ.

    އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ބަލާ ފާސްކުރަނީ ރައީސް މުއިއްޒު ހިންގެވިކަމަށް ބުނާ ކައިވެނީގެ ބޭރު ޖިންސީ ގުޅުމަކާގުޅޭ ގޮތުން އައިޝާގެ ނަމުގައި ވީޑިއޯ ރިޕޯޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ.  

    ]]>
    Mon, 27 Apr 2026 22:50:30 +0500 ހީރަސް
    މާލޭ މޭޔަރަށް ހަމަލާދިނުން ރައީސް މުއިއްޒު ކުއްވެރިއެއް ނުކުރި https://heerasnews.com/4111 https://heerasnews.com/4111 ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ މޭޔަރަށް ދިން ހަމަލާއަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަކަށް ނުވިއެވެ. ސުލްހަވެރި އެއްވުމެއްގައި ހުންނަވަނިކޮށް މާލޭ މޭޔަރަށް ހަމަލާއެއް ދިނުމަކީ ގައުމެއްގެ ނިސްބަތުގައި ކަންބޮޑު ވާން ނުޖެހޭ ވަރުގެ ކަމެއްނޫނެވެ. 

    މޭޔަރަށް ދިން ހަމަލާ މިހާ އިރު ވީއިރުވެސް ރައީސް މުއިއްޒު ކުއްވެރި ނުކުރެއްވުމާއި އެކަމަގުޅިގެން ސަލާމާތާ ރައްކާތެރި ކަމުގެ ފިޔަވަޅެއް ސަރުކާރުން ނާޅާ އޮތް އޮތުމަކީ އެ އަމަލު ހިންގުވީ ސަރުކާރުންކަމަށް މޭޔަރު ކުރައްވާ ތުހުމަތަށް ލިބޭ ބާރެކެވެ. 

    މިހާ ހިސާބުން ރޭގައި އޮތް ސުލްހަވެރި އެއްވުމެއްގައި ހުންނަވަނިކޮށް މާލޭ މޭޔަރ އޮނަރަބަލް އާދަމް އާޒިމަށް ދިން ހަމަލާއާއި ގުޅިގެން އެ ހަމަލާ ކުއްވެރިކުރައްވާ އެކި ބޭބޭފުޅުން ގެ ޝުއޫރު ހުރިގޮތް ހާމަކޮށްލާނަމެވެ.

    ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: 

    ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. މި ހަމަލާ އަވަސް ގޮތެއްގައި ތަހުގީގު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ.

    އެއްވެ އުޅުމާއި، ޚިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ޤާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްޤުތަކެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެކެވެ.

    ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް:

    މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެއްވުމެއްގައި، އެ ބޭފުޅާއަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމަކީ ކަންބޮޑުވާކަމެއް. ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަމެއް ނެތި، ރައްކާތެރި މާހައުލެއް އޮންނަންވާނެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެންމެނަށްވެސް ރައްކާތެރިކަމާ، ހަމަހަމަކަމާއެކު ލިބިދޭންޖެހޭ ހައްގެއް.

    ކުރީގެ ރައީސް މުހައްމަދު ނަޝީދު:

    މޭޔަރ އާދަމް އާޒިމަށް ދިން ހަމަލާ ކުށްވެރިކުރަން. ދައުލަތުގެ ކަމާގުޅޭ އެންމެހާ ފަރާތްތަކުން މައްސަލަ ބެލުން ކޮންމެހެން ބޭނުން.

    އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު:

    އެމްޑީޕީއިން މާލޭގައި މިރޭ ކުރިއަށް ގެންދިޔަ ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީ މޭޔަރ ޢަދަމް އާޒިމްއަށް ދިން ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން. އަދި މިޙަމަލާ ތަހުގީގުކުރުމަށާއި، ވެރިރަށް މާލޭގެ މޭޔަރަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ދިނުމަށް އަދި ސުލްޙަވެރި ސިޔާސީ ޙަރަކާތްތައް ހިންގޭނެ މާޙައުލެއް ޤާއިމްކޮށްދިނުމަށް ފުލުހުންނަށާއި ކަމާ ބެހޭ ފަރާތްތަކަށް ގޮވާލަން

    އެމްޑީޕީ ވަގުތީ ޗެއަރޕާސަން އަބްދުލްގަފޫރު މޫސާ: 

    މި ޕާޓީގެ ސުލްހަވެރި ސިލްސިލާ މުޒާހަރާ ކުރިއަށްދަނިކޮށް، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އަށް މިރޭ ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. މި ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް، މޭޔަރ އާޒިމަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޮވާލަން

    އެމްޑީޕީގެ ކުރީގެ ޗެއަޕާސަން ރީކޯ މޫސާމަނިކު:

    ސުލްހަވެރި ސިޔާސީ ޙަރަކާތައް ޖާގަ ދޭންޖެހެއެވެ، "މޭޔަރު އާދަމްއާޒިމްއަށް" ރޭ މަގުމަތިން ދިންހަމަލާ ކުއްވެރިކުރަމެވެ . ސިޔާސީ ގޮތުން މީހަކު ކުރިއަރަނީ ރައްޔިތުނގެ ތާއީދާ ލޯބި އެމީހަކަށް ލިބޭތީއެވެ. MDP ގެމެމްބަރުންނަށް ،އަނިޔާދީގެން އަޅުގަނޑުމެނގެ ސިޔާސީ ޙަރަކާތެއް ނުހުއްޓުވޭނެވެ. މިޕާޓީގެ މާޒީ އެކަމައް ހެކިވާނެއެވެ.

    އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް:

    މިރޭގެ މުޒާހަރާގެ ތެރެއިން މާލޭގެ މޭޔަރު އާދަމް އާޒިމް އަށް މީހަކު ދިން ހަމަލާ އަކީ ވަަރަށް ނާތަހުޒީބު އަމަލެއް. މިފަދަ ފިނޑި އަމަލުތަކަކީ ޑިމޮކްރަޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫން. ސަރުކާރުގެ ނާގާބިލުކަމާއި އަނިޔާވެރިކަމާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓުވައެއް ނުލެވޭނެ.

    އަދާހަމައެޢް: މާލޭ މޭޔަރަށް ދިން ހަމަލާ ރައީސް މުއިއްޒު ކުށްވެރި ނުކުރާކަމަށް ބުނެ މިނޫހުން ރިޕޯޓް ކުރިތާ އެއްގަޑިއިރު ފަހުން އެ އަމަލު ކުށްވެރިކޮށް ރައީސް އޮފީހުން ވަނީ ބަޔާނެއް ނެރެފައެވެ.

    ]]>
    Sat, 25 Apr 2026 16:53:46 +0500 ނިއުސް ޑެސްކް
    މާލޭގެ މޭޔަރަށް ފުރިހަމަ ރައްކާތެރިކަން ދިނުމަށް ރައީސް ސޯލިހު ގޮވާލައްވައިފި https://heerasnews.com/4110 https://heerasnews.com/4110 ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އޮނަރަބަލް އާދަމް އާޒިމަށް ދިން ހަމަލާ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުށްވެރި ކުރައްވައިފިއެވެ. 

    އެކްސްގައި ރައީސް ސޯލިހު ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވެފައިވަނީ ރޭ މާލޭގައި އެމްޑީޕީން ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް އަށް ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

    މި ހަމަލާ އަވަސް ގޮތެއްގައި ތަހުގީގު ކުރުމަށާއި، މާލޭގެ މޭޔަރަށް ބޭނުންވާ ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ކަމާބެހޭ ފަރާތްތަކަށް ރައީސް ސޯލިހު ގޮވާލެއްވިއެވެ.

    އެއްވެއުޅުމާއި، ހިޔާލުފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ގާނޫނުަސާސީން އެންމެނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަުގައި ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގުމަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަކީ ކަމާބެހޭ އިދާރާ ތަކުގެ މަސްއޫލިޔަތެއް ކަމަށެވެ. 

    މޭޔަރ އާދަމް އާޒިމަށް ހަމަލާ ދިނީ އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުންދާ ސުލްހަވެރި މުޒާހަރާތަކުގެ ތެރެއިން ރޭގައި އޮތް މުޒާހަރާގައި މޭޔަރު ހުންނަވަނިކޮށް މަޖީދީ މަގުގައެވެ. 

    މޭޔަރު އާދަމް އާޒިމަށް މާލޭގެ މަގެއްގެ މަތިން ދިންހަމަލާ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާ ކަމަށް މާލެ ސިޓީގެ މޭޔަރކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު ވެސް ވަނީ ވިދާޅުވެފައެވެ.

    ހަމަލާގައި އާޒިމްއަށް އަނިޔާއެއް ވެފައިވާނަމަ، އަވަސް ސިފާޢަކަށް އެދި ވަޑައިގަންނަވަމުން ޒަރިޔަންދު ވިދާޅުވީ މުޒާހަރާތަކުގެ ބައިވެރިންނަށް ހަމަލާދިނުމަކީ ރޭވިގެން ހިންގާ ކަމެއްކަމަށް ވުމުގެ ފުރުސަތު އޮތުމުން، ފުލުހުންގެ ތަހުގީގުގައި މިކަމަށް ވިސްނެވުން މުހިންމުކަމަށެވެ. 

    ]]>
    Sat, 25 Apr 2026 15:49:41 +0500 ހީރަސް
    އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީ: އެމްޑީޕީގެ ރައީސް https://heerasnews.com/4102 https://heerasnews.com/4102 އެމްޑީޕީއަކީ ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ރާއްޖެއަށް ގެނެސް، ޕާޓީތައް ހިންގާނެ ގޮތް ކިޔައިދިން ޕާޓީ ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ ކުރިއަށް އޮތް ދާއިރާތަކާއި އެކި މަގާމުތަކުގެ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންނަށްް ކާމިޔާބަށް އެދި ވަޑައިގެން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. 

    އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަކީ ޕާޓީގެ މެމްބަރުން އެކަތިގަނޑަކަށްވެ، 2028 ކާމިޔާބުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގެ ފެށުމަކަށް ވާނެކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.

    ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެންގެވުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.

    "އަޅުގަނޑުގެ އެދުމަކީ ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިހާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓު ދެއްވުން" ކަމަށް ވިދާޅުވަމުން އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީކަމަށް ވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. 

    ދާއިރާތަކުގެ ހިންގާ ކޮމެޓީއާއިއެކު އެމްޑީޕީގެ ޗެއަރޕާސަން ހޮވުންވެސް ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި އޮންނާނެއެވެ. ޗެއަރޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމަށް މިހާރުވަނީ އިއުލާނު ކުރައްވާފައެވެ. ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވެސް ޗެއަރޕާސަން ކަމަށް ވާދަކުރައްވައެވެ. 

    ]]>
    Wed, 22 Apr 2026 02:03:24 +0500 ނިއުސް ޑެސްކް
    މަސް ނިމޭއިރު ދަރަނި ނުދެއްކޭ ހާލަތަކަށް ދާންޖެހިދާނެތޯ: ޝަމްހީދު https://heerasnews.com/4100 https://heerasnews.com/4100 ސްކޫކަށް މިމަހު ދެއްކި 525 މިލިޔަން ޑޮލަރ ދެއްކީ އަނބުރާ ދައްކަން ބޭންކް އޮފް އިންޑިއާއިން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީންތޯ ރައްޔިތުންގެ މަޖިލީހުގެ މެންބަރ ޑރ. އަހުމަދު ޝަމްހީދު ސުވާލު އުފައްދަވައިފިއެވެ.

    ޑރ. ޝަމްހީދު ވިދާޅުވީ "ސަރުކާރުން ސުކޫކް އަނބުރާ ދެއްކުމަށްޓަކައި ބޭނުންކުރީ ރިޒާވް ބޭންކް އޮފް އިންޑިއާއިން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ހެއްޔެވެ؟". ޑރ. ޝަމްހީދު ވިދާޅުވާ ގޮތުގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަކީ އިންޑިއާގެ މަރުކަޒީ ބޭންކުން ދީފައިވާ ވަގުތީ އެހީއެކެވެ. ކަރަންސީ ސްވޮޕް ފެސިލިޓީއަކީ ސަރުކާރުގެ ދަރަނިތައް ހަލާސްކުރުމަށް ބޭނުންކުރަންޖެހޭ ފައިސާއެއް ނޫން ކަމަށްވެސް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރ ޑރ. ޝަމްހީދު ވިދާޅުވިއެވެ.

    ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުކޮށް ދޭން ރާއްޖެއިން އެދިގެން އުޅޭކަމަށް ބުނާ މީޑިއާ ރިޕޯޓަކާ ހަވާލާދެއްވާ އެކްސްގައި ޑރ. ޝަމްހީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، މިފަދަ ފެސިލިޓީއެއް އެގޮތަށް ބޭނުންކުރުމުގެ ގާނޫނީ ބާރެއް އެމް.އެމް.އޭގެ ގަވަރުނަރަށް ލިބިވަޑައިގެންފައެއް ނުވެއެވެ.

    އިންޑިއާއިން މި ސްވޮޕްގެ މުއްދަތު އިތުރުކޮށް ނުދީފި ނަމަ، މި މަސް ނިމޭއިރު ރާއްޖެއަށް ދަރަނި ނުދެއްކޭ ހާލަތަކަށް (ޑިފޯލްޓަކަށް) ދާން ޖެހިދާނެތޯ ޝަމްހީދު ސުވާލުކުރައްވައެވެ. ސަރުކާރާއި އެމް.އެމް.އޭ އިން މި މައުލޫމާތުތައް ސިއްރުކުރަނީ ކީއްވެގެންތޯ ޝަމްހީދު އައްސަވައެވެ.

    ޝަމްހީދު ވިދާޅުވާ ގޮތުގައި ރިޒާވްގެ ހަގީގީ ހާލަތު ރައްޔިތުންނަށް ސާފުކޮށް ހާމަކޮށްނުދެވެންވީ ކީއްވެގެން ހެއްޔެވެ؟ މިއީ ކުޑަ ކަމެއް ނޫން ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ. ކަމަކީ ކާބޯތަކެއްޗާއި، ބޭހާއި، ތެޔޮ ފަދަ ޒަރޫރީ ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންވާ ފައިސާ ދެއްކުމުގެ ގާބިލުކަމާ ގުޅިފައިވާ، ގައުމީ ފެންވަރުގެ ނާޒުކު މައްސަލައެއްކަމަށް ޑރ. ޝަމްހީދު ވިދާޅުވެއެވެ. 

    އިންޑިއާގެ ނޫހަކާއި ހަވާލާދެއްވާ ރާއްޖޭގެ ނޫހަކުން ރިޕޯޓްކުރާ ގޮތުގައި ކަރަންސީ ސްވޮޕް ދެއްކުމުގެ މުއްދަތު އިތުރުކޮށް ދޭން ރާއްޖެއިން އެދިގެން އެކަމުގެ މަޝްވަރާތައް މިހާރު ކުރަމުން ދިޔަސް މިފަހަރު ފައިސާދެއްކުމުގެ މުއްދަތު އިތުރު ކޮށްދިނުމުގައި އިންޑިއާއަށް ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

    ދެ ފަހަރަށް މުއްދަތު އިތުރުކޮށްދީފައިވާ ކަރަންސީ ސްވޮޕްއަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި 7 އޮކްޓޯބަރު 2024ގައި އެއްބަސްވެ ސޮއިކޮށްގެން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ އެކެވެ.          

    ]]>
    Tue, 21 Apr 2026 02:09:23 +0500 ހީރަސް
    އެންޑޯމަންޓް އިތުރުވީ އަޅުކަން ވިއްކައިގެން ފައިދާ ހޯދަން!؟ https://heerasnews.com/4086 https://heerasnews.com/4086 ފައިދާ ނުހިިމެނޭ ގޮތަށް ސަރުކާރުން ހިންގާ ހުރިހާ ކަމަކަށް އެހީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާ އެނބުރުމުގެ ބާރު ޑރ. ޝަހީމަށް ދިނުމަކީ ރައްޔިތުންގެ ވިންދު ހުރި ގޮތެއް ނޫނެވެ. އިސްލާމް ދީނުގެ ނަންބޯޑު ޖަހައިގެން ހިތުހުރި ގޮތަކަށް ރައްޔިތުންގެ ފައިސާ ބަހާ ހޭދަކުރުމުގެ ބާރު ޑރ. ޝަހީމަށް ދިންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

    އެއްޔަކީ އިސްލާމިކްގެ ފަހަތަށް އެންޑޯމަންޓް އިތުރުކޮށްލައިގެން ހަމަ ޖައްސާލެވެން އޮތްކަމެއް ވެސް ނޫނެވެ. ޒަކާތު ފަންޑު ހަދައިގެން ޒަކާތަށް ދައްކާ ފައިސާ ޑރ. ޝަހީމު ހޭދަކުރަނީ ރައްޔިތުން ވިންދާއެއް ގޮތަކަށް ނޫނެވެ. 

    އާޔަތާއި ހަދީސް ކިޔަމުން ދީން ކުރިއެރުވުމުގެ ނަމުގައި އިސްލާމު ދީނުގެ ރުކުންތަކާއި އަޅުކަން ވިއްކައިގެން ފައިސާ ހޯދަން ދިމާކޮށްފައި އޮތްއޮތުން މިހާރުން މިހާރަށް ބަދަލުކުރަން ޖެހެއެވެ. އުމުރާ ގުރޫޕްތަކުން ކުރާ ފާޑަށް ޝަހީމު އިސްވެހުރެ ހައްޖާއި އުމުރާގެ އަޅުކަންވެސް ނަފާ ހޯދަންކުރާ ޓޫރިޒަމް ވިޔަފާރީގެ ބާވަތަކަށް ބަދަލުކޮށްފިއެވެ. 

    ޒަކާތު ހައުސް ހަދައިގެން ޒަކާތަކީވެސް ބޮޑު ބިޔަ ވިޔަފާރިއަކަށް ހަދައިފިއެވެ.  ވަގުފާއި ހަދިޔާއާއި ހިލޭ އެހީއާއި މި ހުރިހާ ކަމަކީ ޝަހީމު ދޭގޮތަކަށް ދީ، އަނބުރާނެ ގޮތަކަށް އަނބުރަން އޮތް ބޮޑު ނަފާލިބޭ ވިޔަފާރިއަކަށް ހަދައިފިއެވެ. އިސްލާމީ ނަންބޯޑު އަޅުވައިގެން ދީނުގެ ނިވަލުގައި ޓެކެމުންދާ ދިޔުމުގެ ވާހަކަ ދައްކަން ގިނަބަޔަކު ބިރުގަނެއެވެ. ދީނީ ތާކިހާ އަޅައިގެން ތިބެ ދައުލަތުގެ ފައިސާއަށް ހީލަތްތެރި ގޮތްގޮތަށް ރޭވިގެން ހިތުހުރި ގޮތެއް ހަދާއިރު އެއްޗެއް ބުނަން ކެރޭ މީހަކު ނެތެވެ.

    ހައްޖު އުމްރާގެ ކަންތަަކުގެ އިތުރަށް ޒަކާތާއި ވަގުފާއި ފައިދާއަކާ ނުލާ އާންމު ހިދުމަތުގެ ގޮތުގައި  ދެވޭ  ހިދުމަތްތަކަށް  ހިލޭ އެހީގެ ގޮތުގައި ލިބޭ ހުތިހާ އެއްޗެއް ދެން އަރާނީ ޝަހީމު އަތް މައްޗަށެވެ. މިސްކިތްތަކާއި ޒިޔާރަތްތަކާއި ހޮސްޕިޓަލްތަކުގައި ހުންނަ ފަންޑު ފޮށިތަކުގެ ތަޅުދަނޑި އެ ލިބުނީ ޝަހީމް އަތަށެވެ. 

    ބަޔަކަށް ދެން ފެންނާނީ ޝަހީމު ދިން އެއްޗެއް ދިން ވަރަކަށެވެ. ޑރ. ޝަހީމަކީ ރާއްޖޭގެ އިސްލާމި އައުގާފު ވަޒީރު ވިއްޔާއެވެ. އެއްޗެއް ބުނާކަށް ނުވާނެއެވެ. ބުނެފިއްޔާ މުރުތައްދުވެސް ވެދާނެއެވެ.

    ]]>
    Thu, 16 Apr 2026 18:10:27 +0500 ހީރަސް
    ދިވެހިބަހުގެ ވުޒާރާވީ އޮއްބުރުވަން ފެޅި ކަރައަކަށް https://heerasnews.com/4077 https://heerasnews.com/4077 އިސްތިއުފާ ދިން ވަޒީރު މީހާއާއި އެކު ދިވެހިބަހާއި ދިވެހިބަހުގެ ވުޒާރާ ގެއްލިއްޖެއެވެ. ގައުމިއްޔަތު ބޮލަށް ލައިގެން ދިދަޔާ ވާހަކަދެއްކި ތަގުރީރު ލިޔެދިން ކަލޭގެއަށް ހަދާދިން ވުޒާރާ މިފަހަރު ޖެހުނުތާ ލަކުނުވެސް ނެތެވެ. ދިވެހި ބަހުގެ ވުޒާރާ އުފެއްދި މަގުސަދާ ބޭނުން ހާސިލުވީކަމެއް ނުވަތަ ގައުމިއްޔަތު ގައުމީ ބޮޑު އަނގަޔަށް ވަދެ ހުސްވީ ކަމެއް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ގައުމިއްޔަތު މިނސްޓްރީ އާއި ޅެންފަރުވާ ވަޒީރު މޫނުއަޅާ މިއަދު ދަފުނު ލައިފިކަމެވެ.  

    ޗާޕްހާނާއާއި ތަރިކަ ކޮލެޖް އާއި އިސްދާރުންތަކާއި ޅެންފަރުވާ ވެގެން ދިޔައީ ތޮއްޑޫން ގެނެސް ފެޅި ކަރައެއްގެ އޮށް ބުރުވުމަށެވެ.  ވަޒަނާއި ކާފިޔާ ހަމަކޮށް ޅެމެއް ހަދަން އެގުމަކީ ވަޒީރުކަމަށް ކުފޫ ހަމަވުން ނޫންކަން މިހާރު އެނގުނީތާއެވެ. ޅެންފަރުވާ ދިނުމަށް ހެދިހާ ދިރާސާއިން ފެނުނީ ޅެންފަރުވާ ދިނުމަށް އެންމެ މޮޅީ އެންސްޕާ ކަމަނަ ކަމެވެ. އެހާ ހިސާބުން ކަރާފަޅަން ނޫޅެ ޅެމުން ފަރުވާ  ދިނުމަށް އެންސްޕާ ކަމަނައާ ހަވާލުކުރީތާއެވެ. 

    އެންސްޕާ ކަމަނައަކީ މާ މޮޅަކަށް ޓީވީ ސްޓޭޝަން ހަދާދިނުމަށް ފަންޑް ހޯދާން އެނގޭ ކަމަނަ އެކޯލައެވެ. އެންސްޕާ ކަމަނަ މޮޅީ ވަކިއެއް ކަމަކަށް ނޫނެވެ. ޕޯޑިއަމު ތަކުގައި އަގަށް ރޮއެދޭން ވެސް އެންސްޕާ ކަމަނަ ވަރެއް ހަމަ ނެތެވެ. އެލްސޯފާ މައްޗަށް ތިރިކުރާ ދޫނީގެ ވާހަކަ އޮއްބާލަންވެސް އެންސްޕާ ކަމަނަ ހަމަ މޮޅީއެވެ. އެހެން ވީމާ ހަދިޔާއަކަށް ވަޒީރުކަން ނުދޭންވީ ކަމެއް ނެތްތާއެވެ. 

    ދާރުލްއާސާރުގައި ބިއްލޫރި ކޮއްޓެއްގައި އާސާރެއްގެ ގޮތުގައި ދައްކަން ބައިންދަން ވެސް ތޮއްޑޫން ގެނައި ފީ ކަރައަކަށްވުރެ އެންސްޕާ ކަމަނަ މާ ހިތްގައިމު ވާނެތާއެވެ. ބަލަން ޒިޔާރަތް ކުރާ މީހުންވެސް މާ ގިނަވާނެއެވެ. ޅެމުން ފަރުވާދެމުން ތަރިކަ ރައްކާކުރަން އެންސްޕާ ކަމަނަ މާ ބޮޑަށްވެސް މޮޅުވާނެއެވެ. އޮށް ބުރުވާ ސްޕީޗް ލިޔަން ކަރާ މޮޅަސް އެންސްޕާ ކަމަނަ ދިޔަ މަގެއްގެ އަރި މަތިންވެސް ތޮއްޑޫ ކަރައަކަށް ނުފޮރޮޅެވޭނެއެވެ. 

    ]]>
    Tue, 14 Apr 2026 23:30:24 +0500 އެޑިޓަރ
    ރައްޔިތުންގެ ބާރުގެ ކުޑަމިންވަރަކުން މުއިއްޒު ސަރުކާރު ކޮށިއަރުވާލައިފި https://heerasnews.com/4076 https://heerasnews.com/4076 ރައްޔިތުންގެ ބާރުގެ ކުޑަ މިންވަރެއް ރައްޔިތުން ބޭނުން ކޮށްލައިގެން މުއިއްޒު ސަރުކާރު ކޮށިއަރުވާލައިފިއެވެ. ރައްޔިތުންގެ މެދުގައި ބޭއްވި އާދައިގެ ފެންނަ ނުފެންނަ ވޯޓެއްގައި ރައްޔިތުން ނޫނެކޭ ބުނި ބުނުން ވެގެން މި ދިޔައީ މުއިއްޒުގެ ސަރުކާރު ކޮޅުން އަޅުވާލާ މަޑޫތައް ނެއްޓި ދިޔަތައް ހަލާލި ކަމަކަށެވެ. 

    ވެދާނެ ގޮތެއް ހަދާނެ ގޮތެއް ނޭގިފައި ތިބި އާދައިގެ ސިޔާސީ މުއައްޒަފުން ނިވައި ފަތްގަނޑަކަށް ހިއްލާލީ ރައީސާއެކު ގަދަކޮށް ތިބިކަމުގެ ބޯޑެވެ. ވަޒީރުން ތިބީ ވާނުވާގައެވެ. އެ މީހަކު ނިސްބަތްވާ ދާއިރާއިން ލިބުނު ބޮޑު ދެރައިން މުއިއްޒުގެ ކުރިމަތީގައި އެތައް ވަޒީރަކާއި ސިޔާސީ މީހުން ބޮޑުފޭއްޔަކުން ފޭލިވެއްޖެއެވެ. ވީ ފޭލީގައި ނެގުނީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނޫނޭ ބުނެ ބަޔަކު އަދިވެސް ދަނީ ގަދަބަސް ބުނަމުންނެވެ.

    ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އެ މީހަކު ބުނި ކަމެއް، ބުނި ގޮތަކަށް މުއިއްޒު ކޮށްދިނެވެ. ގައުމުގެ އިގުތިސޯދީ ހާލަތަށް ނުބަލާ އެތައް ސަތޭކަ މިލިޔަނެއް ހޭދަކުރިއެވެ. އެކަމަކު ނަތީޖާ ދިޔައީ ސުމަކުންނެވެ. 

    މުއިއްޒު ރުޅި މަޑެވެ. މުއިއްޒު ލޮލުގައި އަނދުން މަތިމައްޗަށް އަޅުވައިގެން ކާކުކުރީ ކީއްކަން މުއިއްޒަށް އެނގިއްޖެއެވެ. މުއިއްޒާ މެދު ރައްޔިތުން ދެކޭ ގޮތުގެ ހަގީގީ މަންޒަރު ފެނިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ޕީއެންސީ ގިނަ މީހުންވެސް ދިނީ ދޯކާކަން ސާފުވެއްޖެއެވެ. 

    ހަމަތެދެކެވެ. 4 އެޕްރީލްގައި މުއިއްޒުގެ ވަރަ ރައްޔިތުން ނިކުމެ ކޮށާލައިފިއެވެ. ވެރިކަމެއްގެ ހާލަތު ބަނޑު ބިންމަތީގައިޖެހޭ ވަރަށް ދަށަށް ވެއްޓުނީމާ ސިފައިންނާއި ފުލުހުން ވެސް އަރާނީ ގަދަކޮޅަށެވެ. ވެރިއަކަށްޓަކާ ގުރުބާން ވާނީ މަދު ބައެކެވެ، ކޯޓުތަކާއި މިނިވަން މުއައްސަސާތައް ވެސް އޭރުން ހަށިފޮޅާލާނެއެވެ. ހިންޏަށް ހަކުރު އޮޅުވާލި މަޖިލިސް މެންބަރުންވެސް ކައިފުރާފައި ތިބުމުން ހޭހަން ކުރާކަށް ގަދަކޮށް ކައިރިއަކު ނުތިބޭނެއެވެ. 

    ރައްޔިތުންގެ ބާރުގެ ކުޑަ މިންވަރަކުން މުއިއްޒު ސަރުކާރު ހަމަ ރަނގަޅަށްވެސް ކޮށިއަރުވާލައިފިއެވެ. ސަލާމަތް ބޭނުމިއްޔާ މަޝްވަރާގެ މޭޒު ދޮށަށް ދިޔުން ނޫން މޮޅު އެއްވެސް ގޮތެއް މުއިއްޒަކަށް ދެންނެތެވެ.

    ]]>
    Tue, 14 Apr 2026 15:55:38 +0500 އެޑިޓަރ
    ހުލުމާލެ މެދު ދާއިރާ ކައުންސިލް ގޮނޑި ނެގީ ވަގަށް؟ https://heerasnews.com/4065 https://heerasnews.com/4065 ގޮނޑި ވަގަށް ނެގުމުގެ ތާރީހެއް ޕީއެންސީ އާއި ގުޅިފައި އޮންނަ ކަމަށް ބުނެވެއެވެ. ހުނިގޮނޑި ވަގަށް ނެގުމުން ފެށިގެން އިންތިހާބީ ގޮނޑި ވަގަށް ނެގުމުގެ އާދައެއް އޮންނަކަމަށް ބުނާ ޕީއެންސީ ފިކުރުގެ މީހުންނަށް އެއްޔަކީ އައުކަމެއްވެސް ނޫނެވެ. 

    ޕީޕީއެމްގެ ޒަމާނުގައި 2013ގެ ރިޔާސީ އިންތިހާބު ވަގަށްނެގީ ކޯޓު މެދުވެރިކޮށް ކަމަށް އެދުވަސްވަރު އެއްވާނަކަށް ރަށުތެރޭގައި ކިޔާއުޅުނެވެ. ދެންއައީ 2018 ގެ ރިޔާސީ އިންތިހާބެވެ. ފާހަގަ ވެއްޓޭކަމަށް ހަދައިގެން އެފަހަރުވެސް ކޯޓަށް ގޮސްގެން ކޯޓުން ތަހުތު ފޭރިގަންނަން އުޅުނެވެ. 2023 ގައި ޕީއެންސީން ފޭރިގަތީ ޔާމީނުގެ ހުސްގޮނޑިއެވެ. އެންމެ ފަހުން އައްޑޫ ހިތަދޫ މެންބަރ ސިނާނުގެ ގޮޑިވެސް ނަގާ އެ ދެނީ ކޯޓު މެދުވެރިކޮށެވެ.

    މިފަހަރު ދިމާވެގެން މި އުޅެނީ މީހުންކިޔާ ރަތްލާޖެހި އެޗްޑީސީ ވަގަކަށް މާލެ ސިޓީ ކައުންސިލުން ގޮނޑިއެއް ވަގަށް ނަގާދީގެން އުޅޭކަމަށް ބުނެވޭ މައްސަލައެކެވެ. ޕީއެންސީ ޓިކެޓްގައި ވާދަކުރި ސަނީހަށް ހުޅުމާލެ މެދު ދާއިރާގެ ގޮނޑި ވަގަށް ނަގާދީގެން އުޅޭކަމަށް ބުނާ މައްސަލައެކެވެ. 

    ކަން ހިނގާފައިވަނީ ކިހިނެތް: 

    • ހުޅުމާލޭގައި ހުން ސީއެޗްއެސއީގައި ބަހައްޓާފައިވާ ހުޅުމާލޭ ދާއިރާގެ ފޮށިތަކުން ޕީއެންސީ ކެންޑިޑޭޓް ތަފާތުކުޑަކޮށް ބަލިވުމުން ދުއްވައިގަތީ ރަށްރަށަށް ވޯޓުލެވޭ ހުޅުމާލެ ދާއިރާގެ މީހުން ވޯޓުލީ ފޮށިތަކާ ދިމާލަށެވެ. ވެރިކަމުގެ ނުފޫޒު ފޮރުވާލައިގެން މޮޅުވެވިދާނެ ކަމުގެ އުންމީދު އޮތްލެއްް ބޮޑުކަމުންނެވެ. 
    • ނުފޫޒު ފޯރުވައިގެން ބައެއް ރަށުގެ ނަތީޖާ ޝީޓަށް ބަދަލު ގެނެސްފައިވާކަން ސާބިތުވާން އެބަހުއްޓެވެ. އެގޮތުން ގަލަމުން ކަނޑާ ނަތީޖާ ޝީޓަށް ބަދަލުގެނެސްފައިވެއެވެ.
    • ހުޅުމާލޭ މެދު ދާއިރާއަށް ނިސްބަތްވާ ބަޔަކު ވޯޓުލީ ޅ. ނައިފަރު T138ގެ G2.2 ފޮށީގައި ވޯޓްލީ އަދަދަށް ވުރެ ފޮށީގައި ވޯޓިން ސްލިޕް ތައް ގިނައެވެ.
    • ނައިފަރު ފޮށީގައި މައްސަލަތައް ހުރުމާއި އެކު ވޯޓް ފޮށީގެ ވެރިޔާ އިލެކްޝަންސްގެ ކަމަބެހޭ ފަރާތައް އެންގުމުން އެ ފޮށި އެންމެ ފަހުން ގުނަން ބެހެއްޓުމަށް އެންގުމަށް ފަހު 5 އޭޕްރީލް ގެ ހަވީރު 5 ޖެހިއިރު ފޮށި އަނބުރާ ހުރިގޮތައް ބަންދުކުރުމަށް ފަހު މާލެ ފޮނުވުމަށް އެންގިއެވެ. މައްސަލަ ހައްލުކޮށް ގުނާ ނަތީޖާ ނެރޭނީ މާލެ ކޮޅުންކަމަށް އެ ފޮށީގެ އޮފިޝަލުންނާއި ވެރިޔާއަށް އަންގިއެވެ.
    • ވޯޓްލި އަދަދަށް ވުރެ ފޮށީގައި ވޯޓިން ސްލިޕް ގިނަވުމުން އެ ފޮށީގެ ނަތީޖާއަކީ ގަބޫލު ކުރެވޭ ނަތީޖާއެއް ނޫނެވެ. އެ ފޮށްޓައް އަޅާފައިވާ ވޯޓްތަކަކީ ސައްހަ ވޯޓް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ފޮއްޓަށް ވަގު ވޯޓު އަޅާފައިވާކަން އެނގޭ ހެކިންވެސް އެބަތިއްބެވެ.
    • ޅ. ނައިފަރު T138 G2.2 ގައި އިތުރަށް ފާހަގަކުރެވިފައިވާ މައްސަލަތަކުގެތެރެއިން ހުޅުމާލެ މެދު ދާއިރާއަށް ވޯޓްލީ ފޮށި 5 އޭޕްރީލް ވީ ދުވަހު ހެދުނުވެސް އެ ފޮށީގެ ވޯޓްކަރުދާސްތައް ޕެކްކޮށް އުރައަށް ލާފައެއް ނުވެއެވެ.
    • ޅ. ނައިފަރުގައި ލީވޯޓުގެ އެހެން ހުރިހާ ނަތީޖާ ޝީޓެއް ނެރެފައިވަނި ވީނަމަވެސް އޭޕްރިލް 6 ވަނަ ދުވަހު މެންދުރު ވީ އިރުވެސް ހުޅުމާލޭ މެދު ދާއިރާގެ ނައިފަރު ވަގުތީ ނަތީޖާ ޝީޓް ނުނެރެވެއެވެ.
    • ބަޔާންވެ ދިޔަ ކަންކަމަށް ސަބަބުވެރި ވިސްނުމަކުން ވިސްނާލުމުން ވޯޓް ކަރުދާސްތައް ވަނީ ހިތުހުރިގޮތަކަށް ބަދަލުކޮށް ޅ. ނައިފަރު ފޮށިން ކޮންމެވެސް ނަތީޖާއެއް ނެރެފައި ކަމަށް ގަބޫލުކުރެވެއެވެ. 

    ހުޅުމާލޭ މެދު ދާއިރާގެ ކައުންސިލް ގޮނޑި ޕީއެންސީން ވަގަށް ނަގާފައިވާ ކަމަށް ގަބޫލުކުރެވޭ އެހެން ބައެއް ކަންކަންވެސް ފާހަގަ ކޮށްލާނަމެވެ. 

    • T16.1 ފުރަތަމަ ގުނިއިރު އައި އަދަދާއި ނަތީޖާ އާއި ދިމާވުން. ތަކުރާރުކޮށް އެދުމުން ވެސް ގުނައި ނުދިނުން
    • T16.2 ބާތިލް ވޯޓެއްގެ ގޮތުގައި ނިންމި ވޯޓެއް ކެންޑިޑޭޓްގެ މަންދޫބު ވެސް އެވޯޓު ބާތިލުކަމަށް ގަބޫލުކޮށް ނިންމާފައި އޮއްވާ އެ ވޯޓަކީ ސައްހަ ވޯޓެއް ގޮތުގައި ގުނުން
    • T16.5 މަންދޫބުން ނެއްލާ އަލުން ގުނުމާއި އެ ގުނުން ގުނާފައި ނެރުނު ނަތީޖާގައި 20 ވޯޓް މަދުވުން
    • T16.8 ބާތިލް ވޯޓެއް ގޮތުގައި ނިންމި ވޯޓެއް ކެންޑިޑޭޓްގެ މަންދޫބު ވެސް އެވޯޓު ބާތިލުކަމަށް ގަބޫލުކޮށް ނިންމާފައި އޮއްވާ އެ ވޯޓަކީ ސައްހަ ވޯޓެއް ގޮތުގައި ގުނުން

    ހުޅުވާލެވިފައިވާ ޑިމޮކްރެޓީކް އިންތިހާބެއްގައި މީހަކަށް ގޮނޑިއެއް ވަގަށް ނަގާދެވޭނީ މިހާކަށް ވަރަށެވެ. ހިޅުމާލޭ މެދު ދާއިރާގެ ކައުންސިލް ގޮނޑި ވަގަށް ނަގާފައިވާކަން ސާބިތުވާވަރުގެ ހެއްކާ ގަރީނާ ހީރަސްއަށް ލިބިފައިވެއެވެ. 

    ]]>
    Sat, 11 Apr 2026 13:57:46 +0500 ހީރަސް
    ދިވެހިރާއްޖެ ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުން https://heerasnews.com/4064 https://heerasnews.com/4064 ދެކުނު އޭޝިއާގެ ސަރަހައްދަށް ބަލާއިރު، ދިވެހިރާއްޖެއަކީ އާބާދީ އާއި ބިމުގެ ގޮތުން ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، ތަރައްގީގެ އެކި ދާއިރާތަކުން މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ނަމޫނާ ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެކެވެ. އިގްތިސާދީ އަދި އިޖުތިމާޢީ ގޮތުން ރާއްޖެ ހޯދާފައިވާ މި ކާމިޔާބީތަކަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ރާއްޖެ ފާހަގަކޮށްލެވޭ ފަދަ ޝަރަފުވެރި މަގާމެއްގައި އޮތް ސަބަބުތަކެވެ.

    ރާއްޖެއަށް އެންމެ ބޮޑު މަގުބޫލުކަމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ފަތުރުވެރިކަމުގެ ސިނާއަތެއް އޮތީ ރާއްޖޭގައެވެ. ދުނިޔޭގެ ފެންވަރުގެ ލަގްޒަރީ ރިސޯޓުތަކާއި، "ވަން އައިލެންޑް ވަން ރިސޯޓު" ކޮންސެޕްޓަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިފައިވާ ބޮޑު ކުރިއެރުމެކެވެ. މިއީ މުޅި ދުނިޔޭގެ އިތުބާރު ލިބިފައިވާ، އަދި އެހެން ގައުމުތަކުން ނަމޫނާ ނަގާ ފުރިހަމަ މޮޑެލްއެކެވެ.

    އިގުތިސާދީ ދާއިރާއަށް ބަލާއިރު، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ބޮލަކަށް ޖެހޭ އާމްދަނީ ނުވަތަ ޖީ.ޑީ.ޕީ ޕަރ ކެޕިޓާ އެންމެ މަތީ ގައުމަކީ ރާއްޖެއެވެ. ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މި ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ ހަލުވިވެފައި މައްޗެވެ. މިއާއެކު، އިންސާނީ ތަރައްގީގެ މިންގަނޑު ނުވަތަ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (HDI) ގައި ވެސް ރާއްޖެ ހިމެނެނީ "ހައި" ނުވަތަ މަތީ ދަރަޖައެއްގައެވެ. މި މިންގަނޑުން ރާއްޖެ ކުރި ހޯދާފައިވަނީ ތަޢުލީމާއި، ސިއްހީ ހިދުމަތް އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ސަބަބުންނެވެ.

    ސިއްހީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެވިފައިވާ ކަންކަމެވެ. އެގޮތުން ޅަފަތުގައި ކުދިން މަރުވާ ނިސްބަތް މަދުކުރުމާއި، މައިން މަރުވާ ނިސްބަތް ދަށްކުރުމުގައި ރާއްޖެއިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އަދި މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި އަދިވެސް އާންމު ބަލިތަކެއްގެ ގޮތުގައި ހުރި މެލޭރިއާ ފަދަ ބަލިތައް ނައްތާލުމުގައި ވެސް ރާއްޖެއަކީ މި ސަރަހައްދުގައި ނަމޫނާ ގައުމެކެވެ.

    ތަޢުލީމީ ދާއިރާއަށް ބަލާއިރު، ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް ރާއްޖޭގައި ވަނީ 98 އިންސައްތައަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ މުޅި ދެކުނު އޭޝިއާގައި ވެސް އެންމެ މަތީ އަދަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ އިތުރުން، ދިވެހި ޕާސްޕޯޓުގެ ބާރަކީ ވެސް މި ސަރަހައްދުގެ ޤައުމުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ ކަމެކެވެ. ހެންލީ ޕާސްޕޯޓް އިންޑެކްސްގައިވާ ގޮތުން، ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ބާރުގަދަ ޕާސްޕޯޓަކީ ދިވެހި ޕާސްޕޯޓެވެ. ވިސާއާ ނުލައި އެންމެ ގިނަ ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބިފައިވަނީ ދިވެހިންނަށެވެ.

    ހުލާސާކޮށް ދަންނަވާނަމަ، ފަތުރުވެރިކަމާއި، އިޤްތިސާދާއި، ޞިއްޙީ އަދި ތަޢުލީމީ ދާއިރާތަކުން ރާއްޖެ ހޯދާފައިވާ މި ބޮޑެތި ކުރިއެރުންތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއަށް ލިބިފައިވާ ބޮޑު ފަހުރެކެވެ. މި ކުރިއެރުންތަކަކީ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދީ، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ނަން ވިދާލުމަށް މެދުވެރިވި މުހިންމު ސަބަބުތަކެވެ.

    ]]>
    Sat, 11 Apr 2026 10:45:28 +0500 ބްލޫ ރިބަން
    ޑިމޮކްރެސީގެ ބާނީ އަކީ ކާކު https://heerasnews.com/4061 https://heerasnews.com/4061 ޑިމޮކްރެސީއަކީ މިއަދު ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އަމަލުކުރަމުންދާ، ރައްޔިތުންގެ ބައިވެރިވުން އެކުލެވޭ ވެރިކަމުގެ ނިޒާމެވެ. މި ނިޒާމަކީ އިންސާނީ ހައްގުތަކާއި، ހަމަހަމަކަމާއި، މިނިވަންކަމުގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. ޑިމޮކްރެސީގެ ތާރީޚަށް ބަލާއިރު، މިއީ އެތައް ގަރުނެއްގެ ކުރިން ފެށިގެން އައިސްފައިވާ ފަލްސަފާއެކެވެ.

    "ޑިމޮކްރެސީ" މި ބަސް އުފެދިފައިވަނީ ގަދީމީ ގްރީކް ބަހުގެ ދެ ބަހެއް ގުޅިގެންނެވެ. އެއީ "ޑީމޮސް" (ރައްޔިތުން) އަދި "ކްރާޓޯސް" (ބާރު ނުވަތަ ވެރިކަން) އެވެ. އެހެންކަމުން، ޑިމޮކްރެސީގެ ލަފްޒީ މާނައަކީ "ރައްޔިތުންގެ ބާރު" ނުވަތަ "ރައްޔިތުންގެ ވެރިކަން" އެވެ. މި ނަން ދެވިފައިވަނީ ދައުލަތުގެ އެންމެ މަތީ ބާރަކީ ރައްޔިތުން ކަމަށް ކަނޑައަޅާ ނިޒާމަކަށް ވާތީއެވެ.

    މި ނިޒާމު ތައާރަފުކުރަން ޖެހުނު މައިގަނޑު ސަބަބަކީ އޭރު އޮތް އަނިޔާވެރި ރަސްކަމާއި، މަދު ބައެއްގެ މުށުތެރޭގައި ވެރިކަމުގެ ބާރުތައް އޮތް އޮތުން ނިމުމަކަށް ގެނައުމަށެވެ. މީގެ ތެރޭގައި އާންމު ރައްޔިތުންގެ ބަހެއް ނެތި ނިންމާ ނިންމުންތަކުގެ ސަބަބުން ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތްވުމާއި، އިޖުތިމާއީ އަދި އިގްތިސާދީ ހަމަހަމަކަން ގާއިމްކުރުން ހިމެނެއެވެ. އަދި ވެރިކަން ކުރާ ފަރާތްތަކަކީ ރައްޔިތުންނަށް ޒިންމާދާރުވާންޖެހޭ ބަޔަކަށް ހެދުމަކީ ވެސް މީގެ މުހިންމު މަގުސަދެކެވެ.

    ދުނިޔޭގައި ފުރަތަމަ ފަހަރަށް ޑިމޮކްރެސީ ތައާރަފުވީ ގަދީމީ ގްރީކްގެ އެތެންސްގައެވެ. އެއީ މީލާދީގެ ކުރިން ގާތްގަނޑަކަށް 508 ނުވަތަ 507 ވަނަ އަހަރުއެވެ. މި ބަދަލު ގެނައުމުގައި އެންމެ އިސްކޮށް އުޅުއްވީ ކްލައިސްތަނީޒް (Cleisthenes) އެވެ. އޭނާއަކީ އެތެންސްގެ ޑިމޮކްރެސީގެ ބާނީ ނުވަތަ "ބައްޕަ" ކަމުގައި ބެލެވެއެވެ. އޭނާގެ އިތުރުން ސޯލަން ފަދަ ބޭފުޅުންނަކީ ވެސް ޑިމޮކްރެސީގެ ބިންގާ އެޅުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުންނެވެ. ޒަމާނީ ޑިމޮކްރެސީއަށް ބަލާއިރު، ޖޯން ލޮކް ފަދަ ފަލްސަފާވެރިންގެ ޚިޔާލުތަކަކީ ފާހަގަކޮށްލެވޭ ކަންކަމެވެ.

    މިއަދު ދުނިޔޭގައި އެންމެ ފުރިހަމައަށް ޑިމޮކްރެސީ ހިންގާ ގައުމުތަކުގެ ތެރޭގައި ނޯވޭ، ނިއުޒީލެންޑް އަދި އައިސްލޭންޑް ހިމެނެއެވެ. ނޯވޭއަކީ އިންތިޚާބީ ނިޒާމުގެ ދެފުށް ފެންނަ މިންވަރު މަތި ގައުމެކެވެ. ނިއުޒީލެންޑުން އިންސާނީ ހައްގުތަކަށް އިސްކަންދޭއިރު، އައިސްލޭންޑަކީ ދުނިޔޭގެ އެންމެ ދުވަސްވީ ޕާލަމެންޓް އޮތް ގައުމެވެ.

    ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު، ޒަމާނީ މަލްޓި-ޕާޓީ ޑިމޮކްރެސީ ތައާރަފްކުރުމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، މުޙައްމަދު ލަތީފް ފަދަ ބޭފުޅުންނަކީ މުހިންމު އިސްލާހީ މަސައްކަތްތަކެއް ކުރެއްވި ބާނީންނެވެ. ޖުމްލަގޮތެއްގައި ޑިމޮކްރެސީއަކީ ވަކި މީހެއްގެ މިލްކެއް ނޫން ނަމަވެސް، އެ ނިޒާމުގެ ބިންގާ އެޅި ފަރާތްތަކުގެ ހިތްވަރާއި ފަލްސަފާގެ ސަބަބުން މިއަދު ގިނަ ބަޔަކަށް މިނިވަންކަމުގެ އިހުސާސް ކުރެވެއެވެ.

    ]]>
    Sat, 11 Apr 2026 09:54:24 +0500 ބްލޫ ރިބަން
    ވާދަކުރަން މީހުން ނެރުމުގެ ކުރީން މާފަށް އެދޭ! https://heerasnews.com/3593 https://heerasnews.com/3593 އެމްޑީޕީން 3 އޮކްޓޯބަރ ބޭއްވި މުޒާހަރާ އާއި 17 ނޮވެމްބަރ ގައި ބާއްވަން އުޅެ ނުބޭއްވި މުޒާހަރާ އާއި ދިމާކޮށް އެމްޑީޕީގެ ތަސައްވަރު ކިލަނބު ކުރަން ޕީއެންސީން ވަރަށް މަސައްކަތް ކުރިއެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ޕީއެންސީން ކުރި މަސައްކަތުގައި އެމްޑީޕީގެ އިމޭޖު އެންމެ ބޮޑަށް ކިލަނބު ކުރުވީ އެމްޑީޕީ ރޫޅާލަން ނިކުމެ އަލުން އެމްޑިޕީއާއި ގުޅުނު ބަޔަކު ކުރިން އެމްޑީޕީއާއި ދެކޮޅަށް ދައްކާފައިވާ ވާހަކަ ތަކަކުންނެވެ. 

    ހަސަދަވެރި ކަމާއެކު ހަގީގަތާއި ހިލާފު ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް އެމްޑީޕީ ރޫޅާލަން ނިކުތް މީހުން އެމްޑީޕީއާއި އެމްޑީޕީ ސަރުކާރާ ގުޅުވައިގެން އޭރު ދެއްކިއެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީގައި ލެއްވި ނުހިކޭ ދާއިމީ ފާރުގަނޑަކަށް އެ ވާހަކަތައް ވަނީ ވެފައެވެ.

    އެމްޑިޕީއަކީ ވަގުންގެ ނެޓްވޯކެއް ކަމަށް އިމްތިޔާޒް ފަހުމީ އާއި އީވާ އަބްދުއްލާ ސިފަކުރިއެވެ. އެމްޑީޕީން އެންމެ ފަހުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް ކަމަށް ރައީސް ނަޝީދު ސިފަކުރިއެވެ. ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާވެސް އެމީހުން ފޫޅުކަނޑާލީ އޭރުއޮތް ރައީސް ސޯލިހުގެ ސަރުކާރަށެވެ. ޕީއެންސީއާއި އެނޫންވެސް ވާދަވެރިން އެމްޑީޕީއަށް ނިސްބަތްކޮށް ދައްކާ ހުރިހާ ނޭއްގާނި ވާހަކަތަކަށް ބާރުދެނީ އެމްޑިޕީ ރޫޅާލަން ނިކުތް މީހުން އާއްމުކޮށް ދައްކާފައި ހަޑި ހުތުރު ހަގީގަތެއް ނެތް ވާހަކަ ތަކުންނެވެ. 

    ރަޢީސް ސޯލިހުގެ އެމްޑީޕީ ކޯލިޝަން ސަރުކާރަކީ ރައީސް ޔާމިނުގެ ސަރުކާރާއި މުއިއްޒު ސަރުކާރަށް ވުރެވެސް ކޮރަޕްޓް ސަރުކާރެއް ކަމަށް ދައްކާ އެމްޑީޕިއަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ޕާޓިއެއް ކަމަށް ހަދަން ރައީސް ނަޝީދު އިސްވެހުރެ ނުކުރާކަމެއް ނުދައްކާ ވާހަކައެއް އޭރަކު ނެތެވެ. އެމްޑީޕީގެ މަތިފަޑީގައި ތިބެފައި ނިކުތް ބަޔަކު އެމްޑީޕީއާ ދެކޮޅަށް ދެއްކިހާ ވާހަކަ އެތައް ބަޔަކަށް ވަނީ ގަބޫލު ކުރުވާފައެވެ.

    އެމްޑީޕީ އާއި ވަކިން ވެގެން ދިޔަ މީހުން ސިޔާސީ މަސައްކަތް ކުރާނެ ރަނގަޅު ޕްލެޓް ފޯމެއް ހަދަން އުޅެ އެކަން އެމީހުންނަކަށް ނުވިއެވެ.  ހެދި ޕާޓީ ވަޔަކު ނުހިއްޕުނެވެ. އެންމެ ފަހުން މުއިއްޒު ސަރުކާރު ހަމަމަގަށް އެޅުވުމުގެ ނަމުގައި އެނބުރި އައިސް އެމްޑީޕިއަށް ވަދެ ނެގިގާގަނޑަށް ބޮލި އަރައިގެންވެސް އޭގެން މަދު މީހެއްގެ ފުށުން ނޫނީ އެމްޑިޕީއަށް ރަނގަޅެއް ވާތަނެއް ނުފެނެއެވެ.

    އޭރު އެމީހުން ދިން ޑެމޭޖު އެނބުރި އަޔަސް ރިކަވަރ ކުރާކަށް ނޫޅެއެވެ. ފެންނަނީ އަަނެއްކާވެސް ބާރުތައް އަތަށް ކަހާލަން އުޅޭތަނެވެ. ލޫޓުވާލައިފި މުޒާހަރާ އާއި ބާއްވަންއުޅެ ނޫބޭއްވި މުޒާހަރާ ފަނިކޮށްލަން އެމްޑީޕީއާއި ދެކޮޅަށް ޕީއެންސީން ވިއްކީ އީވާ އާއި އިންތި އާއި ނަޝީދު އެމްޑީޕީއާއި ދެކޮޅަށް ދެއްކި ހުތުރު ވާހަކަތަކެވެ.

    އެންމެ ބޭނުންވީ ދުވަހު ޕާޓީ ދޫކޮށްލާފައި ގޮސް ވެރިކަން ވައްޓާލާ މަޖިލީސް ގެއްލުވާލުމުގެ ޒިންމާ ފިކުރެއްގެ ދިރުމުން ނަގަންޖެހެއެވެ. އެމްޑީޕީއަށް އެހާ ބޮޑުގެއްލުމެއް ގަސްދުގައި ދިން ބަޔަކު އެނބުރިއައިސް އެ ޕާޓީގެ ބާރުތައް ހޯދަން ވާދަކުރާއިރު ވީހާލެއްގައި ވެގެން ޕާޓީގައި ތިބި މެންބަރުންގެ ކިބައިން ކުޑަމިނުން އާއްމު މައާފަކުން މާފަށް އެދެލަން ނުކުރެއެވެ. 

    ]]>
    Sun, 21 Dec 2025 16:18:13 +0500 އެޑިޓަރ
    ރާއްޖޭން އިތުބާރު ކުރެވޭވަރުގެ މާލީ ޕްލޭނެއް ދައްކާ: ވޯލްޑް ބޭންކް https://heerasnews.com/3646 https://heerasnews.com/3646 އިތުބާރު ކުރެވޭ ވަރުގެ މާލީ ޕްލޭނެއް ދައްކަން ވޯލްޑް ބޭންކުން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ. އިގުތިސޯދާއި މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން ހަރަދުތައް ކުޑަކުރަން ވޯލްޑް ބޭންކުން ގޮވާލީ ވޯލްޑް ބޭންކުން އަހަރަކު އެއް ފަހަރު ނެރޭ، މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓުގެ މި އަހަރުގެ ރިޕޯޓުގައެވެ. 

    ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ބުނާ ގޮތުގައި މެކްރޯއިކޮނޮމިކް އަދި ފިސްކަލް ސަސްޓެއިނަބިލިޓީ އަލުން އިއާދަކުރަން ފުރިހަމަ މާލީ އެޖަސްޓުމަންޓެއް ގެނެސް، ބަލައިގަނެވޭ ވަރުގެ ފައިނޭންސިން ސްޓްރެޓަޖީއެއް ބޭނުންވެއެވެ. 

    މާލީ ކަންކަން ހަރުދަނާކުރަން ވޯލްޑް ބޭންކުން ގޮވާލަނީ ރާއްޖޭގެ އިގުތިސޯދު ޓޫރިޒަމަށް ބަރޯސާވާ މިންވަރު މާ ބޮޑު ކަަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރާއްޖޭގެ އިގްތިސޯދު ޓޫރިޒަމަށް ބަރޯސާވެފައި އޮތުމުން ބޭރުން އަންނަ ކުއްލި ޝޮކެއްގެ ނުރައްކަލަށް ރާއްޖެ ވަރަށް ބޮޑަށް ހުށަހެޅިފައި އޮންނަކަމަށް ވޯލްޑް ބޭންކުން ގަބޫލުކުރެއެވެ.

    ހުސްވި އަހަރު އިގުތިސޯދު ކުރިއެރި މިންވަރު މަޑުޖެހުނީ ވެސް، ޓޫރިޒަމް ސިނާއަތުގެ ދުވެލި މަޑުޖެހުމުން ކަމަށް ވޯލްޑް ބޭންކުން ދެކެއެވެ. މިހާރު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓޫރިސްޓުން އަންނަ އަދަދުތައް އިތުރުވީ ނަމަވެސް، ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރާ މުއްދަތު ކުރުވުން ކަމަށް ވޯލްޑް ބޭންކުން ފާހަގަ ކުރެއެވެ. 

    ވޯލްޑް ބޭންކުގެ ކަންބޮޑުވުން މިހާވަރަށް ރާއްޖެއާއި މެދު އޮތް ނަމަވެސް 2026ގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ބޭރު ފައިސާގެ ދަތިތަކާ ހުރެ އަންނަ އަހަރުގެ އޭޕްރިލްގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދެއްކުމަށް ބޮޑެތި ދަތިތައް ހުރިކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. 

    ]]>
    Sun, 02 Nov 2025 14:18:20 +0500 އެޑިޓަރ
    މުއިއްޒުގެ ވައުދު ފުއްދަން ލޯނުދޭން މަޖުބޫރުކުރުމަކީ ބޭންކްތައް ފުޑާލުން https://heerasnews.com/3631 https://heerasnews.com/3631 ރައީސް މުއިއްޒު ވައުދުވީ ގޮތަށް ލޯނުދޭނެ ފައިސާ ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސްގައި ނެތުމަކީ ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުން އެ ބުރަ އުފުލަން މަޖުބޫރު ކުރުމަކީ ބިރުހުރި ކަމެކެވެ. ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ މާލިއްޔާ ފޫވެއްޓިފައިވާ ކަމުގެ ދަލީލެކެވެ. މާލިއްޔާގައި ކަމެއް ނެތިސް ނުފޯރާ ފޮތިން ފޫގަޅަށް އުޅުމުން ބަރަހަނާވުން ނޫންކަމެއް ނުވެއެވެ. 

    ރާއްޖޭގައި ބޭންކްތައް ހިންގަނީ އެތަންތަން ހިންގުމަށް ގާނޫނު ލާޒިމުކުރާ ކަންކަން ކޮށްގެންނެވެ. ބޭންކިންގ ގާނޫނާއި އެއްގޮތަށެވެ. މަނިޓަރީގައި ބަހައްޓަންޖެހޭ ފައިސާ އެއްވެސް ބަހައްޓައިގެންނެވެ. 

    އެމްއެމްއޭއަކީ ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ރެގިއުލޭޓް ކުރާ ފަރާތް ކަމަށް ވިޔަސް ބޭންކްތަކަށް ދަނޑިބޭނުމުގެ ބާރެއް ނުއޮންނާނެއެވެ. ރެގިއުލޭޓް ކުރުމަކީ ގާނޫނާއި އެއްގޮތަށް ކަންކަން ކުރޭތޯ ބެލުމެވެ. މަސައްކަތް ކުރަން ފަސޭހަ ފަހި މާހައުލެއް ފަހިކޮށް ދިނުމެވެ. ބޭންކިން ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެ ހައްލު ހޯދާދިނުމެވެ. ހަރުކަށި ގަވައިދު ހަދައިގެން ކަންކަން މަޖުބޫރު ކުރުމަކީ ރެގިއުލޭޓް ކުރުމެއް ނޫނެވެ. 

    މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން ބޭންކްތަކަށް ކުއްލި ކުއްލިއަށް ކަންކަން މަޖުބޫރު ކުރުމަކީ އިހުތިޔާރު އޮތަސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. އަމްދުން ސަރުކާރުގެ ވައުދުތައް ފުއްދުމަށް ލޯނު ދޫކުރަން އެމްއެމްއޭގެ ގަވައިދަކުން ހުރިއްޔާ ހުރި ބޭންކަކަށް މަޖުބޫރު ކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. 

    ކޮންމެ ބޭންކަކީވެސް ގާނޫނީ އިމުގެ ތެރެއިން ލާޒިމް ކަންކަން ކުރަމުން އެ ބޭންކެއްގައި ހަމަޖެހިފައިވާ އޮންނަ އުސޫލަކުން ހިންގަމުން އަންނަ ބެންކް އެކެވެ. ލޯނު ދޫކުރާނެ ކަންކަމާއި ލޯނު ދޫކުރާނެ މިންވަރާއި ގޮތް ކަނޑައަޅަނީ އެ ބޭންކަކުންނެވެ. މަނިޓަރީ އޮތޯރިޓީން ކުއްލިއަކަށް ހަދާ ގަވައިދަކުން ބޭންކުތަކުން ވަކިބަޔަކަށް ވަކި ވަރަކަށް ވަކި ރޭޓެއްގައި ލޯނު ދޫކުރަން މަޖުބޫރު ކުރުމަކީ ރާއްޖޭގެ ބޭންކިންގ ނިޒާމަށް ދިން ހަމަލާއެކެވެ. އިތުބާރު ގެއްލިގެން ދާނެކަމެކެވެ. ރާއްޖޭގައި ބޭންކިންގއަށްވެސް ފަހިވެއްޓެއް މީހާރު ނެތްކަން ކަށަވަރު ވީކަމެކެވެ. 

    މުއިއްޒު ދައުލަތަށް ލިބޭހާ ފައިސާ އިސްރާފު ކުރަމުން ގޮސް ސަރުކާރާއި ސަރުކާރު ކުންފުނިތައް ހުދުފުށް ވެއްޖެކަމަށް ބުނެވެއެވެ. ދަރަންޏަށްވެސް ފައިސާ ދޭނޭ ބަޔަކުވެސް އުޅޭ ކަމަކަށް ނުވެއެވެ. ބީއެމްއެލްވެސް ފޫވެއްޓި ވައުދު ލޯނު ދެވޭނެ ފަދަ ނެތުނީތާއެވެ. އެންމެފަހުން ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް ހިއްސާ ނުކުރާ އެހެން ބޭންކުތަކަށް މުއިއްޒުގެ ވައުދުތައް ފުއްދައިދޭން މަޖުބޫރު ކުރުމުން ރާއްޖޭގެ މާލިއްޔަތު ފަތުއަޑު ކިޔާފައި ބަނބުރޫޓް ވާމުން ދާކަން ކަށަވަރުވެއެވެ.

    ]]>
    Sun, 26 Oct 2025 13:30:47 +0500 އެޑިޓަރ
    އެމްއޭސީއެލް ރޭޕްކުރުން ހުއްޓުވަންޖެހޭ! https://heerasnews.com/3623 https://heerasnews.com/3623 ސަރުކާރުތަކުން ސްޓޭޓް އޯނެޑް އެންޓަރޕްރައިސަސް އުފައްދައިގެން ހިންގާ ގޮތާއި މަގްސަދު ރައީސް މުއިއްޒަށް އެނގޭނަމަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން އެއަރޕޯޓާއި ގުޅުން ނެތްކަމެއް ނުކުރުވާނެއެވެ. އެމްއޭސީއެލްއަކީ ފިޓްނަސް ސެންޓަރ އެޅުމާއި ރަސްމާލެ ހިއްކުމަށް އުފައްދައިގެން ހިންގާ ކުންފުންޏެއް ނޫނެވެ. 

    އެމްއޭސީއެލްގެ އަސާސީ މަގުސަދުތަކަށް ބަލާލުމުން އެނގި ހާމަވަނީ މަގްސަދުން ބޭރު ކަންތައްތަކެއް ކުރުވައިގެން ކުންފުނި ލޫޓުވާލަން އުޅޭކަމެވެ. ކުންފުނީގެ އަސާސީ މަގުސަދެއްގެ ގޮތުގައު ގައުމީ ތަރައްގީގައި ހިއްސާވުން އޮތުމުގެ މާނައަކީ އިހުތިސޯސުން ބޭރު ކަންތައް ތަކެއް ކުރުމެއް ނޫނެވެ. އެއަރޕޯޓް އެޅުމާއި އެއަރޕޯޓު ހިންގުމާއި ގުޅުންހުރި މަޝްރޫޢުތަކުގައި ބައިވެރިވެގެން ދިވެހިރާއްޖޭގެ ކުރިއެރުމަށް އެހީތެރިވުމުގެ ބަދަލުގައި ރަށްރަށުގައި އޮއްވަޅު ގޮނޑި ހަދާދޭ ބަޔަކަށް އެއަރޕޯޓް ކޮމްޕެނީ ބަދަލެއް ނުކުރެވޭނެއެވެ. 

    ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދީގެން އެންމެ މަތީ ފެންވަރުގެ އެއަރޕޯޓެއްގެ ގޮތުގައި ގައުމުގެ މައި ދޮރާށި ހިންގާ ބެލެހެއްޓުމަށްވުރެ މުހިންމު އެއްވެސް ކަމެއް އެމްއޭސީއެލްއަކަށް ނުއޮންނާނެއެވެ. އެއަަރޕޯޓްގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެއަރޕޯޓުގެ އެންމެހައި ކަންކަން ހިންގުމުގައި ރައްކާތެރިކަމާއި ސަލާމަތްތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތާއި ހޭދަކުރަން އޮތް ކުންފުނި 63 ރަށުގައި ފިޓްނަސް ސެންޓަރ އަޅަން ހަވާލުވާކަށް ނުޖެހެއެވެ. 

    ފުރިހަމަ ކަސްޓަމަރ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ގޮތުން ކަސްޓަމަރުންގެ ހިތްހަމަޖެހުމަށް އިސްކަންދީ، ދަތުރުވެރިންނަށް އޮމާން ދަތުރުފަތުރުގެ ތަޖުރިބާއެއް ފޯރުކޮށްދޭންޖެހެއެވެ. އެކަމަށް ވިސްނާ ގޮތްތައް ހޯދަން ތިބި ސިކުނޑިތަކުން ކަމާ ނުބެހޭ އެހެންކަމަކަށް ވިސްނުމާއި ވަގުތާއި މަސައްކަތާއި ފައިސާ ހޭދަކޮށްގެން މުއިއްޒު ލޮއްސަން ހަރަދުކުރުމަކީ އެމްއޭސީއެލުންވާ ހިޔާނާތެކެވެ.

    ހިދުމަތުގައި ތިބި އެމްއޭސީއެލްގެ މުއައްޒަފުން ބާރުވެރިކޮށް ތަރައްގީ ކުރުމުގެ ގޮތުން މުއައްޒަފުންނަށް ތަމްރީނާއި، ތަރައްގީއާއި، އުފާވެރި އަދި ފޯރިގަދަ މަސައްކަތުގެ މާހައުލެއް ފޯރުކޮށްދިނުމަކީ ކުންފުނީގެ އަސާސީ މަގުސަދެކެވެ. އެކަމަކު އެކަންކަމަށް އިންވެސްޓުކުރުމުގެ ބަދަލުގައި ރަށްރަށުގައި ފިޓްނަސް ސެންޓަރ އެޅުމާ ދެކޮޅަށް އެއަރޕޯޓްގެ މުއައްޒަފުން ތެދުވުމުގެ ވަގުތު ޖެހިއްޖެއެވެ. 

    ޓަރމިނަލްތަކާއި، ތެޔޮ ފާމުތަކާއި، ކާގޯ ފެސިލިޓީތައް ފަދަ އެއަރޕޯޓުގެ އުމްރާނީ ވަސީލަތްތައް ފުޅާކޮށް ތަރައްގީކުރަން ހުންނަ ފައިސާ އެއަރޕޯޓާއި އެއްވެސް ގުޅުމެއްނެތް ބިން ހިއްކުންފަދަ ކަންކަމަށް ހަރަދު ކުރުވުމަކީ މަގާމުގެ ނާޖާއިޒު ފައިދާ ނެގުމެވެ. އަނެއްކޮޅުން މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ އެއަރޕޯޓުގެ މުދަލާއި، ދަތުރުވެރިންނާއި، މުވައްޒަފުން ނުރައްކާތަކުން ސަލާމަތްކުރުމަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް ތަންފީޒު ކުރުމަކީ އެމްއޭސީއެލްގެ އަމާޒެކެވެ.

    އެމްއޭސީއެލްގެ އަމާޒުތަކަށް ވާސިލުވުމަށް ކުރަންޖެހޭ ކަންކަމަށް ބޭނުންވާ ހަކަތައާއި ވަސީލަތާއި ފައިސާއިން ބޮޑު ބައެއް ކުންފުންޏާ ގުޅުންނެތް އެތައް ކަމަކަށް ހޭދަކުރަމުން އެކުންފުނި މުއިއްޒު އެދަނީ ރޭޕްކުރަމުންނެވެ. އެމްއޭސީއެލް އުފައްދާ ހިންގާ މަގުސަދުން ބޭރުން މަސައްކަތްތައް ހަވާލުކޮށްގެންނާއި ބިންހިއްކަން އެމްއޭސީއެލުން ކުންފުންޏެއް ހައްދައިގެން އެމްއޭސީއެލް ރޭޕްކުރާ ކުރުން ހުއްޓުވަންޖެހެއެވެ.                   

    ]]>
    Wed, 22 Oct 2025 12:47:10 +0500 އެޑިޓަރ
    ޒަކާތުފައިސާއިން މަނީލޯންޑް ކުރަން ލައިސަންސް ހޯދަނީ؟ https://heerasnews.com/3473 https://heerasnews.com/3473 ރާއްޖޭގައި ޒަމާނުއްސުރެ މިސްކިތްތަކުގައި ފަސްވަގުތު ބަންގިގޮވާ ނަމާދު ގާއިމުކުރަނީ ވަލޮއީ ގާނޫނަކުން ލާޒިމުކޮށްގެނެއް ނޫނެވެ. ރޯދަމަހު ރޯދަ ހިފަނީ ގާނޫނަކުން މަޖުބޫރުކޮށްގެނެއް ނޫނެވެ. ހައްޖަށްދާ ބަޔަކު ހައްޖައް ދަނީވެސް ގާނޫނަކަށް ތަބާވުމުގެ ގޮތަކުންނޫނެވެ. ފިތުރު ޒަކަތާއި މުދަލު ޒަކާތް ނެރެނީވެސް ގާނޫނަކުން ނެރެން ޖައްސައިގެނެއް ނޫނެވެ. 900 އަހަރަށްވުރެ ގިނަ ދުވަހު ރާއްޖޭގައި އިސްލާމް ދީނުގެ ފަރުލުތަކާއި ވާޖިބުތައް މީހުން އަދާކުރަމުންއައީ ވަލުއީ ގާނޫނުނަކަށް ބޯލެނބުމުގެ ގޮތަކުން ނޫނެވެ. 

    ކުއްލިއަކަށް ޒަކާތު ގާނުނެއް ވުޖޫދުކޮށްގެން ޒަކާތް ނެރުވާ ޒަކާތާކުޅެން މުއިއްޒު ސަރުކާރުން މިއުޅެނީ ވަރަށްވެސް ނުބައި ނިޔަތެއްގައެވެ. ކިތަންމެ މަތިއޮމާންކޮށްގެން ވާހަކަ ދެއްކިޔަސް ވުޖޫދު ކުރަން އުޅޭ ޒަކާތު ގާނޫނަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. 

    ޒަކާތު ހައުސްއާއި ޒަކާތު ކައުންސިލާއި ޒަކާތު ފަންޑްގެ ފަހަތުގައި އޮތީ ހިޔާނަތާއި ފަސާދައާއި އިސްރާފެވެ. ދީނީ ވާޖިބު އަދާކުރުމުގެ ނަންބޯޑު އަޅުވައިގެން ރައްޔިތުންގެ ޖީބުކެނޑުމާއި ހިޔާނާތްތެރިވުމާއި އިސްރާފުކުރުމެވެ. 

    ޒަކާތު ފައިސާއިން ޒަކާތު ހައުސް ހިންގުމުގެ ނަމުގައި އެތައް ބައެއްގެ ޖީބުތަކަށް ޒަކާތު ފައިސާ އަޅާ ފުރާލުމެވެ. ޒަކާތު ފައިސާއިން ހަރަދުކޮށްގެން ޒަކާތު ކައުނަސިލްގެ މެންބަރުންނާއި މުއައްޒަފުނަށް ބޮޑެތި ހޭދަތައް ކުރުމެވެ. ދައުލަތުން އެތައް ބަޔަކަށް މުސާރއާއި އިނާޔަތް ދޭނެ އޮނިގަނޑެއް ހަދާ ސަހީމުގެ ސިޔާސީ ބާރުވެރިކަން އިތުރުކޮށް ބޮޑިކުރުމަށް ދައުލަތުން މަހު މުސާރަ އިތުރު ބަޔަކަށް ދިނުމެވެ.

    ޒަކާތުގެ ގޮތުގައި އެތައް މިލިޔަން ރުފިޔާއެއް ދަމައިގަނެ ޒަކާތް ހައްގުވާ މީހުނަށް ނުދީ ޒަކާތު ފަންޑު ހަދައިގެން ވިޔަފާރިކޮށް ޝަހީމާ ޝަހީމުގެ އައުވާނުންގެ ޖީބުތައް ފުރާލުމަކީ އެއްބޭނުމެވެ. މުއިއްޒުގެ ވެރިކަން ނަގަހައްޓަން މަނީ ލޯންޑް ކުރާ މެޝިނަކަށް ޒަކާތުފަންޑާއި ޒަކާތު ހައުސް ހެދުމުގެ ލައިސަންސަށް ނޫނީ ޒަކާތު ގާނޫނެއް ނުވާނެއެވެ. 

    މިހާވަރުން ދަންޏާ ނަމާދުކުރާ މީހުންނާއި ރޯދަ ހިފާ މީހުންގެ އަތުންވެސް ފީއެއް ނެގުމަކަށް މިސަރުކާރުން ފަހަކަށް ނުދާނެއެވެ. 

    ]]>
    Sun, 17 Aug 2025 16:56:06 +0500 އެޑިޓަރ
    ދައުލަތް ދަވާލުމުގައި ޝުޖާވަކި ދުލެއް ނުކުރާނެ! https://heerasnews.com/3443 https://heerasnews.com/3443 ބޮޑެތި ވައްކަން ކޮއްގެންހުރެ އެހެން މީހުނަށް ވަގަށް ގޮވުމަކީ އައު ކަމެއް ނޫނެވެ. އެއްޔަކީ ވަކި އެކަކު އެކަނި ކުރާކަމެއް ނޫނެވެ. ޔާމިނަކަސް ބާރަށު ޝުޖާއަކަސް އެ ކުރަނީ އެކަމެވެ.

    ޔާމީނުގެ ނަޒަރުން މުއިއްޒު ވެރިކަމުގައި ހިންގާ ހުރިހާ ވައްކަމަކާއި ހިޔާނާތަކީ މުއިއްޒަށް އެނގިގެން މުއިއްޒު ކުރުވާ ވައްކަމެވެ. އެޗްޑީސީގެ ތެރެއިން ފަޒުލު އިސްވެހުރެ ހިންގިހާ ޖަރީމާއަކީ މުއިއްޒު ބޭނުންވެގެން މުއިއްޒު ހިންގުވި ކަންކަމެވެ. ރަސްމާލެ ސްކޭމާއި ބަންކަރިންގ ސްކޭމާއި ފައިނޭންޝަލް ހަބު ސްކޭމަކީ ޔާމީނު ބުނާގޮތުން މުއިއްޒު ހިންގާ ޖަރީމާއެވެ.

    އެހެނެއް ކަމަކު ޔާމިނު ވެރިކަމުގައި އެގޮތް މިގޮތަށް ދައުލަތް ދަވާލި އެއްވެސް ދަވާލުމެއްގައި ޔާމީނުގެ ބައިވެރިވުމެއް އޮތްކަމަކަށް ނުވެއެވެ. އެމްއެމްޕީއާރުސީ ބޮޑި ހިޔާނާތުގެ ކޮންމެ ޑީލަކާ ގުޅިގެން ޔާމީނު އެކައުންޓަށާއި ގެއަށް ވަދެފައި މިލިޔަނުން ޑޮލަރު ވަދެފައި ހުއްޓަސް އެއިން އެއްވެސް ކަމަކީ ޔާމީނަށް ކަނޑެއް ފަޅެއް އެނގޭ ކަމަކަށް ނުވެއެވެ. 

    ބުރިޖުން ލޭނުތަކެއް މަދުވެ ދަރުމަވަންތަ ހޮސްޕިޓަލުން ޓަވަރެއް މަދުވެ ނަސަންދުރަ ކޮއްކޮއަށްދީ އެކައުންޓުތައް ފުރިބާރުވެގެން އެސްކްރޯ އެކައުންޓެއް ހުޅުވާ ޒަމީރު އަތުން މިލިޔަން ޑޮލަރު ރައީސް މިހާ ހޯދާ ހިސާބަށް ކުރާ ވައްކަން ތިލަވީއިރުވެސް ޔާމީނުވަރުގެ މައުސޫމަކު ނެތްކަން ދައްކާއިރު ބާރަށު މައިކުމެން ވަކި ވައްކަން ކުރާކަމަށް އެއްބަސްވާނެ ހެއްޔެވެ.

    ދައުލަތުގެ ކަމަކަށް އަތްދަރާ ލެވޭ ހިސާބަށް ދެވުމުން ދައުލަތް ދެވުމުގައި ކުޑައެއް ބޮޑެއްނެތެވެ. ދައުލަތް ނޮޅާކެއުމުގައި ޔާމިނެއް މުއިއްޒެއް އަދީބެއް ޒިޔަތެއް ފަޒުލެއް ސައީދެއް ޝުޖާއެއް ތަފާތެއް ނުއޮންނާނެތާއެވެ.

    ދައުލަތް ދަވާލައިގެން އުޅޭ މީހަކަށް ލިބޭ އަދަބެއް ނެތެވެ. ދައުލަތަށް ގެއްލޭ ބައިސެންޓްވެސް އަނބުރާ ލިބުމެއްނެތެވެ. ހަރާމެއް ހަލާލެއް ނުބަލާ އަނބިދަރިންނަށް އަލިފާން ކާންދޭން ކެރޭ ބަޔަކު ތިބި ތަނެއްގައި އެކަކު އަނެކަކަށް ވަގަށް ގޮވުމުގައި ހަޔާތް ހުސްކޮށްލީމާ ނިމުނީތާއެވެ.

    ]]>
    Sun, 03 Aug 2025 16:05:00 +0500 އެޑިޓަރ
    ރައްޔިތުން ބިކަވިޔަސް ދޮޅުމިލިޔަން ޑޮލަރ ދުމަށް https://heerasnews.com/3429 https://heerasnews.com/3429 ހައެއްކަ މިނިޓްގެ ތެރޭގައި ދޮޅު މިލިއަނެއްހާ ޑޮލަރު ދުމަށް އަރުވާލުން ހަމަ އޯކޭ ހެއްޔެވެ. މީސްމީހުންގެ ދެފައިމައްޗަށް ވެއްޓި ރޮއިހޭރިގެން ދަރާއޮތް ދަރަނި ފަސްކުރަމުން ދަރަނި އަދާކުރަން ދަރަނި މައްޗަށް ދަރަނި ނަގަމުން ބައިސެންޓްވެސް ދުމަށް އަރުވާލުމަކީ މާމޮޅު ކަމަކީހެއްޔެވެ. 

    ރައްޔިތުން ކަރަންޓް ބިލާއި ފެންބިލު ނުދެއްކިގެން ތެޅެފޮޅެނީއެވެ. ދާއިމީ ބޮޑެތި އެތައް ބައްޔަކަށް ފަރުވާ ކުރެވެން ނެތި މީހުން މަރަށް ތެޅެނީއެވެ. ބޭސް ސިޓިއަށް ބޭސް ނުލިބިގެން ދުވެ ނަގަނީއެވެ.

    ކުއްޔަށް އުޅޭ އެތައް ހާސް އާއިލާ ކުލި ނުދެއްކި މަގުމަތިވަނީއެވެ. އަތްފޯރާ ފަށުގައި މުދާލިބެންނެތި އާއްމު ރައްޔިތުން ބަނޑަށް މަރުވަނީއެވެ. ކަންމަތީ ފިހާރަތަކުން މުދާ ހުސްވެ ތަޅުއަޅުވަނީއެވެ.

    ސަރުކާރުގެ ހިލޭ އެހީއާއި ލޯނު އެހީގައި ރާއްޖޭން ބޭރުގައި ކިޔަވާ ކުދިން ގައުމުން ބޭރުގައި ތިބީ މަގުމަތިވެފައެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ކެނޑުން އޮތީ އާއްމުވެފައެވެ.

    ސަރުކާރުން ހޯދާފައިވާ ހިދުމަތަކަށް ފައިސާއެއް ނުދެއްކެއެވެ. އަމިއްލަ މަސައްކަތްތެރިން ބަނގުރޫޓް ވެއްޖެއެވެ. އާއްމު މީހުން އޮންލައިން ސައިޓްތަކުން ކުރާ ވިޔަފާރިތަކުން %30 ނަގަނީއެވެ. ސިނގިރެޓްގެ އަގު ބޮޑުކޮށް މީހުން ހާލުގައި ޖައްސައިފިއެވެ. 

    ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް މުއިއްޒަށް ފަރުވާލެއް ނެތެވެ. އަމިއްލަ ބޮޑާކަމާއި ކަންދެއްކުމަށް ދައުލަތުން މިލިއަނުން ޑޮލަރ ދުމަށް އަރުވާލުން މުއިއްޒަކަށް މައްސަލައަކަށް ނުވެއެވެ. ރައްޔިތުންނަށް އެގޮތް ހަމަ އޯކޭހެއްޔެވެ.

    ]]>
    Sun, 27 Jul 2025 20:30:45 +0500 އެޑިޓަރ
    ހީރަސް ނިއުސް ހެކަށްފަހު އެނބުރި އައުން https://heerasnews.com/3398 https://heerasnews.com/3398 ހެކަރުންގެ ވަކި ދަށުގައި ހީރަސް ނިއުސް 18 ގަޑިއެއްހާ އިރަށް ފަހު އެނބުރި މިއައީއެވެ. ފިއްތުން ތަކާއެކުވެސް ކިޔުންތެރިން އެދޭ މައުލޫމާތާއި ހަބަރު ގެނެސް ދިނުމުގައި ދެމިތިބޭނަމެވެ. 

    https://heerasnews.com/

    ]]>
    Sat, 12 Jul 2025 17:24:10 +0500 އެޑިޓަރ
    އާޒިމަށް ވާނެ & އާޒިމް ކުރާނެ! https://heerasnews.com/3387 https://heerasnews.com/3387 މާލެ ސިޓީއަކީ ރައްކާތެރި އަމާން ހިތްފަސޭހަ ސިޓީއަކަށް ހެދުމައް މޭޔަރު އާޒިމް ކުރައްވާ މަސައްކަތުގައި ހުއްޓުމެއް ނެތެވެ. ވަރުބަލިކަމެއް ނެތެވެ. ރެޔެއް ދުވާލެއް ނެތެވެ.

    ގަލޮޅު ސަހަރާއަށް ގެނައި ބަދަލުން ވެސް ފެނiިގެންދަނީ މާލެ ސިޓީ މޭޔަރ އޮނަރަބަލް އާދަމް އާޒިމުގެ ރޭވުންތެރިކަމެވެ. ދުރުވިސްނުމެވެ. ކެރުމާއި ހިތްވަރެވެ. ގަލޮޅު ސަހަރާގައި އެ އޮތީ ސައިކަލް ޕާކުކުރާނެ ފުރިހަމަ ޕާކިން ޒޯނެކެވެ. ރަނގަޅު ތަރުތީބެއްގައި ރައްކާތެރިކަން ލިބޭނެހެން އިންތިޒާމް ކުރެވިފައިވާ ޕާކިންގ ޒޯނެކެވެ. ރައްޔިތުންގެ ހިތަށް ފިނިކަން ގެނެސްދޭ ގޮތަށް ފަރުމާކުރެވި ތަރައްގީ ކުރެވިފައިވާ ފެހި ސަރަޙައްދެކެވެ.

    މަގުމަތި އަމާން ކުރުމަށް ކުރެވޭ މަސައްކަތާއި އެކުއެކީ މާލެސިޓީ ފެހިކުރުމަށް ވެސް ހާއްސަ އިސްކަމެއް ދެއްވައެވެ. މާލޭ ފަޅަކީ ލަފާފުރުމަށް ފަސޭހަ ސާފު ތާހިރު ތަނަކަށް ހެދުމަށް ކުރެވޭ މަސައްކަތަކީ ވަކީން ކުޑަކަމެއް ނޫނެވެ.

    މާލެ ސިޓީގައި އޮތް އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާހިކަމަށް ހައްލު ހޯދާދިނުމަށް ކުރެވެން އޮތް ހުރިހާކަމެއް ދަނީ ކުރަމުންނެވެ. ބޯހިޔާވަހި ކަމުގެ ހައްގުގައި ގުޅިގެން މަސައްކަތް ކުރުމާއި ވަކާލާތު ކުރުމާއި އަޑުއުފުލުމުގައި އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެހެއެވެ. 

    މިސްކިތްތަކުގެ އައުބާތުރަ ފިލުވާ ސަހަރާތައް ބެލެހެއްޓުމުގައި ފަރުވާތެރިއެވެ. މާލެ ސިޓީގައި ޕާކްތަކާއި މައިޒާންތައް އެންމެ ޒަމާނީ ފެންވަރަށް ބިނާކުރަމުން މަރާމާތުކޮށް ބެލެހެއްޓުމުގައި މިސާލެއް ނެތެވެ. 

    މާލޭގެ މަގުތަކާއި ގޯޅިތަކުގެ އަޑިގުޑަންތައް ފިލުވަމުން ދުވާރުތަކުގެ އާބާތުރަ ދަނީ ފިލުވަމުންނެވެ. ކާނުތައް ސާފުކޮށް ގޯޅިގަނޑުތަކުގައި ދަނީ ގައު އަތުރަމުންނެވެ.

    ހަލަބޮލި މާލެ ސިޓީއަކީ ހިތްފަސޭހަ އަމާން ރައްކާތިރި ކަމުގެ ނަމޫނާއަކަށް ހެދުމަށް ކުރެވެން ހުރި ކަންކަން ކުރެއްވުމުގައި ފިކުރުގެ ތަފާތަކަށް ނުބައްލަވައެވެ. މަޝްވަރާ ކުރުމާއި ލަފާހޯދުމާއި ގުޅިގެން މަސައްކަތް ކުރެއްވުމުގައި އާޒިމް ގެންދަވަނީ މިސާލު ދައްކަވަމުންނެވެ. މިއިން ޔަޤީން ވެގެން މި ދަނީ، ޢާޒިމަށް ވާނެކަން. ޢާޒިމް ކުރާނެކަން.

    ހަމަތެދެކެވެ. ކުރީގެ މޭޔަރުންނަށް ނުވިޔަސް އާދަމް އާޒިމަށް ވާނެއެވެ. އާދަމް އާޒިމް ކުރާނެއެވެ. 

    ]]>
    Tue, 01 Jul 2025 11:16:00 +0500 އެޑިޓަރ
    މާލެ ސިޓީ މޭޔަރ އާޒިމް: ހިދުމަތުގައި ދެވަނައެއްނެތް! https://heerasnews.com/3335 https://heerasnews.com/3335 މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމްގެ ބަހާއި އަމަލާއި މަސައްކަތުން ސާބިތުކޮށްދެމުން ގެންދަނީ، ރައްޔިތުންގެ މުހުތާދުތަކަށް އިސްކަންދޭކަމެވެ. ކުރާ މަސައްކަތުގައި ދުރު ވިސްނޭ ވިޝަނަރީ ލީޑަރެއްކަމެވެ.

    އެތައް ދުވަހެއް ވަންދެން، އެއްވެސް ބޭނުމެއް ނުހިފައި އޮތް، މާފަންނު ސަހަރާ ބަދަލު އެކޮށްލައްވަނީ ރައްޔިތުން އުފާވާ ފަދަ ގިނަ ބޭނުންތައް ފުއްދޭ އެކުވެންޏަކަށެވެ. މާފަންނު މައިޒާން ތައްޔާރުވެ ނިމެމުން އެދަނީ އާއިލާތަކާއެކު ހިތް ހަމަޖައްސާލަން މަޑުކޮށްލާނެ ޕާކަކާއި، ކުޅިވަރު ކުޅުމާއި، ހަފުލާތައް ބޭއްވުމާއި، މުނި ފޫހި ފިލުވުމާއި، ޕާކިންއަށް ބޭނުންކުރެވޭ ސަރަޙައްދެއް ވެސް ހިމެނޭގޮތަށެވެ.

    މާލެ ސިޓީގެ މަގުތަކަކީ ހިތްފަސޭހަ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކަށް ހުއްޓުމެއް ނާދެއެވެ. ހުސްވި ހަފްތާއައީ ހިނގަމުންދާ ހަފްތާއަށް ބަލާލިޔަސް އެކަން ސާބިތުވެއެވެ. ކަޅުހުރާމަގާއި އަމީނީމަގާއި މޫންލައިޓްހިނގުމުން ފެށިގެން ކަލާފާނުމަގާއި ހަމަޔަށް ކާނުތައް ސާފުކުރުން މިހަފްތާގައި ކުރިއަށް ގެންގޮސްފިއެވެ. ހަމަ އެއާއިއެކު ފިލިގަސްމަގުގެ ކާނުތައް ސާފުކޮށްފިއެވެ. 

    ގަލޮޅުގައި ތަރައްގީ ކުރަމުންދާ މައިޒާން ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ސޯސަންމަގާއި ދޫހިމެރިމަގު ކަންމައްޗާއި މަޖީދީމަގު ހެންވޭރުން ފެށިގެން މައްޗަންގޮޅިއާއި ހަމަޔަށް ޕޭވްމަންޓް މަރާމާތުކުރުމުގެ މަސައްކަތް އެބަކުރެވެއެވެ. އަނެއްކޮޅުން ބޮނޑުތަކުރުފާނުމަގު ތޮށިގަނޑު ކައިރިން ގަނބައިގެންފައިވާ ސަރަހައްދު މަރާމާތުކުރުން ވެސް ފާހަގަ ކޮށްލެވެއެވެ.

    މާލެ ސިޓީއަކީ ފެހިފިނިތަނަވަސް ސިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން މާފަންނު މައިޒާނުގައި ގަސްއިންދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ގެންދަމުން މާލެ ސިޓީގެ ޓްރެފިކް މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން ފުލުހުންނާއެކު މަޝްވަރާތައް ދަނީ ކުރަމުންނެވެ. 

    ސިޓީ ހިންގުމުގައި ބޭރުގެ ތަޖްރިބާކާރު ފަރާތްތަކާއެކު މަޝްވަރާކުރަމުން ރާއްޖޭގެ ސިޓީތަކާއި ރަށުކައުންސިލްތަކާއެކު މައުލޫމާތާއި ތަޖުރިބާ ބަދަލު ކުރުމުގައި ވަރުބަލިކަމެއްނެތި ހަރަކާތްތެރިވެއެވެ. އެކި ނަންނަން ކިޔާ އެތައްބަޔަކު މާލެ ސިޓީގެ ކަންކަން ބެލެހެއްޓުމުގެ ޒިއްމާ އުފުލައިފިއެވެ. އެކަމަކު މޭޔަރ ޢާޒިމް ވަރެއް ހަމަ ނެތެވެ.

    ]]>
    Wed, 04 Jun 2025 10:54:28 +0500 އެޑިޓަރ
    ކޮންޓްރެކްޓްގައި ބާކީ 5 އަހަރު: 200 ދަރިވަރުން ކޮށްލީ މަގުމަތި! https://heerasnews.com/2428 https://heerasnews.com/2428 ސްކޫލް އޮފް މެޑިސިންގެ 200 ދަރިވަރުން ކުއްލިގޮތަކަށް އައިޖީއެމްއެޗްގެ ދަރުމަވަންތަ ހޮސްޕިޓަލުން ނުކުތުމަށް އެންގުމާއެކު މީސްމީޑިއާގައި ހުޅުރޯވަމުން ދިޔުމާއެކު ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ނެރުނީ ބަޔާނެކެވެ. ބުނެފައިވަނީ މެޑިކަލް ސްކޫލު ދަރުމަވަންތަ ހޮސްޕިޓަލުގައި 2018 ވަނަ އަހަރު ޤާއިމުކުރީ ވަގުތީ ގޮތުން ކަމަށެވެ.

    ހަމައެއާއެކު،  މި ގެނެެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނޭގޮތަށް އެ އިންތިޒާމް ޔުނިވަރސިޓީގައި ޤާއިމު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މި ނޫސްބަޔާނުގައިވާއިރު، ސުވާލަކީ ޖާގައިގެ ދަތިކަމާއި މިހާރުވެސް ކުރިމަތިލާން ޖެހިފައިވާ އެމްއެންޔޫގައި މި ކުދިންގެ ކިޔެވުން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވިދާނެތޯއެވެ. 

    ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އިން މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ކިޔެވުން އެމްއެންޔޫ އަށް ބަދަލު ކުރުމާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސް ބަޔާނުަގައި މި ބަދަލުގެ ސީދާ އަދި ނުސީދާ އަސަރު 1000 ދަރިވަރުންގެ ކިޔެވުމަށް ކުރާނެ ކަމަށް ބުނެފައިވެއެވެ. 

    މި ސަރުކާރު އައީ ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް ގެނެސް ތައުލީމީ ނިޒާމް ހަރުދަނާ ކުރާނެ ކަމުގެ ވައުދުތަކާއި ހުވަފެންތައް ދައްކައިގެންނެވެ. އެހެންވީއިރު، ސަރުކާރުން ދަރިވަރުންގެ ކިޔެވުމަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށް ބުނެ ގެންނާނެ ކަމަށް ބުނި ހެޔޮ ބަދަލުތަކަކީ މިއީތޯ؟  ގެންނަން ވައުދުވި ހެޔޮ ބަދަލަކީ 7 ބެޗުގައި ޖުމްލަ 200 ދަރިވަރުން ކިޔަވަމުންދާ ސްކޫލް އޮފް މެޑިސިންގެ ކިޔެވުން ކުއްލި ގޮތަކަށް މަޑުޖައްސާލުމަކީ އެތައް ދަރިވަރުންނެއްގެ މުސްތަގްބަލާއި ކުޅެލުންތޯ މިއަދު އަހާލުން މަޖުބޫރެވެ. 

    ރާއްޖޭގައި ތިބެގެން ޑޮކްޓަރީކަން ކިޔެވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް  2018 ވަނަ އަހަރު ސްކޫލް އޮފް މެޑިސިން ގާއިމް ކުރެވިގެން ދިޔައިރު، ސްކޫލް އޮފް މެޑިސިން ހިންގަން ޓީޗިން ހޮސްޕިޓަލެއް އެޅެންދެން އައިޖީއެމްއެޗާއި ގައުމީ ޔުނިވާސިޓީއާއި ދެމެދު ހެދިފައިވާ ކޮންޓްރެކްޓްގައި ބާކީ 5 އަހަރު އޮއްވައި ދަރިވަރުންގެ ނެރެ އެއްލާލީ މިހާރުވެސް އެއް ކްލާސް އެތެރޭގައި ނަގާނަމަ އަނެއް ކްލާސް ލޮބީގައި ނަގަންޖެހޭ ތަނަކަށެވެ. 

    ފަސް މަންޒަރު ބަލާލާއިރު ފެނިގެންދަނީ ސިޔާސީ ކުޅިވަރުގައި ޖެހިގެން ދަރިވަރުންގެ ހައްގުތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ ވެސް ސަރުކާރުން ޖަހާ ކޮންމެ ބެރަކަށް ނަށާތަނެވެ.

    ]]>
    Fri, 26 Apr 2024 17:01:19 +0500 ނިއުސް ޑެސްކް
    ރިޓަޔަރޑް ސިފައިން މުއިއްޒު ދެކެ ރަތަށް! https://heerasnews.com/2412 https://heerasnews.com/2412 ސިފައިންނަކީ ގައުމީ ހިދުމަތުގައި ދެވަނައެއް ނެތް ބައެކެވެ. ގައުމީ ސަލާމަތީ ބާރެވެ. ވެރިކަމެއް ދެމިއޮންނަނީ ދިފާއީ ބަރަކާއެކުގައެވެ. ގުދުރަތީ ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ކޮންމެ ހާލަތެއްގައި ސަރުކާރާއި ރައްޔިތުންގެ އައްޑަނައަކީ ސިފައިންނެވެ. 

    ސިފައިންގެ ހިދުމަތުގައި ވިހިތިރީސް އަހަރު ހިދުމަތް ކުރުމަށް ފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރކުރާ ސިފައިންނަކީ ގައުމުގެ ވަރަށް މަތިވެރި ރައުސުލްމާލެކެވެ. ރިޓަޔަރޑް ސިފައިންގެ މީހާއަކީ ހިދުމަތަށް ގޮވާލެވޭ ކޮންމެ ހާލަތެއްގައި ގައުމުގެ ދިފާއުގައި ނިކުންނަށް ތައްޔާރަށް ތިބޭ ބައެކެވެ. 

    ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ރިޓޔަރޑް ސިފައިންނަކީ ވަރަށްވެސް ޝަރަފުވެރި ބައެކެވެ. އަބުރުވެރި އަމިއްލަ މަސައްކަތާއި ގައުމީ ހިދުމަތުގައި ފަންނީ މަސައްކަތް ރިޓަޔަރޑް ސިފައިން ކޮށްއުޅެއެވެ. އެ މީހުންނަކީ ސިފައިންގެއިން ރިޓަޔަރ ކުރުމަށް ފަހު ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސުމަށް އާއްމުކޮށް އެހެނިހެން ވަޒީފާ އަދާކުރަ ބައެއް ނޫނެވެ.  

    ރާއްޖޭގައި އެކަން އޮންނަނީ އެހެނެއް ނޫނެވެ. ދައުލަތުން ބޮޑު ހޭދަކޮށްގެން ތައުލީމާއި ތަމްރީނު ދީފައި ހުންނަ ސިފައިންގެ މީހާ ޝަރަފްވެރި ކަމާއެކު މަގާމުން ގިނައިން ވަކިކޮށްލަނީ ސަމަންތަރު ހެޔޮ ހަށިހެޔޮ ޒުވާން އުމުރުގައެވެ. ފުރިހަމަ ސިއްހަތުގައި ހަކަތަ ހުއްޓައެވެ. އޭރު ގިނަ މީހުންގެ ދަރިން ބޮޑަށްޗެއް ނުވާނެއެވެ. ރިޔަމަންޓްގެ ގޮތުގައި ލިބޭ އެއްޗަކުން އުމުރުގެ ބާކީ ބައިގައި ޝަރަފުވެރި އުޅުމެއް އުޅެވޭ ވަރެއް ނުވެއެވެ. އެހެން ކަމުން ރިޓަޔަރޑް ސިފައިންނަކީ ރާއްޖޭގައި ގަން ހިނގަ ހިނގާ ތިބެން ޖެހިފައިވާ ބައެކެވެ. ޝަރަފްވެރީ ނަމަކަށެވެ.

    އަނެއްކޮޅުން ރިޓަޔަރޑް ސިފައިންނާމެދު ސަރުކާރުން ކަންކުރަނީ ވެސް އަމަލު ކުރަން އޮންނަ އުސޫލާއި ހަމައަކުން ނޫނެވެ. އެކުލަވާލާ އަމަލުކުރަން އޮންނަ ގަވައިދާއެއް އެއްގޮތަށް ވެސް އަމަލެއް ނުކުރެއެވެ. ސަރުކާރުން އަމަލު ކުރަނީ ހިތުހުރި ގޮތަކަށެވެ.

    ސިފައިންގެ ރިޓަޔަރނަމްޓް ގަވައިދު ބުނަނީ މުއައްޒަފަކު ރިޓަޔަރ ކުރާއިރު ހުންނަ ރޭންކްގެ އަސާސީ މުސާރަ ބޮޑުކޮށްފިނަމަ ރިޓަޔަރ ކުރުމަށް ފަހުވެސް މަހުން މަހަށްދޭ ރިޓަރމަންޓް ފައިސާ ދޭންވާނީ ރޭންކަށް ބޮޑުކުރި މުސާރައިން ހިސާބު ހަދައިގެން ކަމަށެވެ. އެހެން ނަމަވެސް ރިޓަޔަރޑް ސިފައިންނާމެދު ރައީސް މުއިއްޒު ސަރުކާރުން އަމަލު ކުރަނީ އެހެނަކުންނޫނެވެ. މިހާރުވެސް ރިޓަރމަންޓް ދެނީ ރިޓަޔަކުރި އިރު ހުރި މުސާރައިން ހިސާބު ހަދައިގެންނެވެ. 

    ރައީސް މުއިއްޒު ވެރިކަމަށް އެރިފަހުން ސިފައިންގެ މުސާރަ ބޮޑުކޮށްފިއެވެ. އެހެން ނަމަވެސް ރިޓަޔަރޑް ސިފައިންގެ ރިޓަޔަރމަންޓަކަށް އެ ބަދަލެއް ނާދެއެވެ. ރިޓޔަރމަންޓްގެ ގަވައިދުގައި އޮތް އެއްޗެއް ބެލުމަކަށް ބޭނުމެއް ނުވެއެވެ. ހަމަޔަ އުސޫލަކީ މުއިއްޒަށް އޮތް އެއްޗެއް ނޫނެވެ. ސިޔާސީ ގޮތުން މޮޅު ހޯދުމަށް މުއިއްޒު އެޅި ފިޔަވަޅުން ހުރިހާ ރިޓަޔަޑް ސިފައިން ތިބީ ރަތަށް އަރާފައެވެ.  

    ]]>
    Sat, 20 Apr 2024 13:02:24 +0500 ނިއުސް ޑެސްކް
    ވެއްޓި ބޯޖެހުނު ނައިބުވަޒީރާ ހުރެ ގައުމު ނުރައްކަލަށް https://heerasnews.com/2167 https://heerasnews.com/2167 ވަކި އެންމެ މީހެއްވެސް ނޫނެވެ. އެބާވަތުގެ އެތައް ބަޔަކު ލައްވާ ދޮގާ ފިތުނައާ މަކަރާ ހީލަތުން ވެރިކަމަށް އެރުމަށް ފަހު ދައުލަތުގެ މަގާމުތަކުން އެ މީހުންނަށް އަގުދިނީމާ ވާާގޮތް އެބަފެނެއެވެ. އަރުވާ ޖަހައިގެން ޒުވާބު ކުރަން ކެރުމަކީ ނައިބު ވަޒީރުކަން ދޭވަރު ކަމެއް ނޫންކަން ރައީސް މުއިއްޒަށް ރޭކާނުލިޔަސް ދެރަކަންކަން މިހިރަގެން ވަމުންދަނީ އަމަށަކު ވަރަކަށް ނޫނެވެ.

    ކޮންމެ މީހަކު ނޫސްވެރިޔަކަށް ނުވަތަ ސިޔާސީ މުދައްބިރަކަށް ވުމަކީ ގައުމަށް ކިހާވަރެއްގެ ބިރެއްކަން އެނގޭނީ އެކަމެއް ލައިގަތީމައެވެ.

    އިއްޔެ މެންދުރު ތެޔޮ ދަމަން އުޅެފައި މިއަދު މަޖިލިސް މެމްބަރަކަށް ވަނީ ރައްޔިތުން ވޯޓް ދިނީމައެވެ. ބަރަހަނާ ހާލުގައި ބެލްކަނިން މަގުމައްޗަށް ވެއްޓި ލޮންދައިގެން ގޮސް ބިމުގައި ބޯޖެހޭނީ މީހާގެ އުޅުމާއި އަޚުލާގުގައި ފިސާރި ގޮތްގަނޑެއް ހުރީމައެވެ. އެފަދަ މީހެއްގެ ބޯ ބާރަށް ޖެހުމަކީ ކުޑަ ގެއްލުމެއް ނޫންކަން ދިރިތިބި ބަޔަކަށް ފެންނާނެއެވެ.

    ޕްރޮފައިލްގައި ޝަހާދަތުގެ ދެކަލިމަ ލިޔެ ކަޅު ހެދުން ލައިގެން އުޅޭ މީހާގެ ބަހުރުވަ ހުރީ ބުރުގާ އަޅަން ޖެހިފައެވެ. ލޭ އޮހޮރުމަށް ގޮވާލައިގެން އެކްސްއިން އޭނާ އުމުރަށް ސަސްޕެންޑް ކުރީމާ އަނެއްކާ އެހެން އެކައުންޓެއް ހަދައިގެން ވެސް ކުރަނީ އެއް ކަމެކެވެ.

    ގައުމާ ވަތަނާ ރައީސް ޔާމީނު ދެކެ ލޯބިން ކަމަށް ދެފައިގާތް ނުވެ އުޅުނު މީހުން އެ މަނިކުފާނަށް ހަރާންކޯރުވެ މުއިއްޒުގެ ތޮއްވަރިން މަގާމު ހޯދައިގެން އުޅެގަތް ގޮތުން އޭގެ ދެރައާ ހުތުރު ނަން ލިބެނީ ހުރިހާ ދިވެހިންނަށެވެ.

    ސަސްޕެންޑް ކުރިޔަސް ވީގެއްލުން ވެއްޖެއެވެ. ހިތްކަޅުވެ މިތުރުކަން ކެނޑިއްޖެއެވެ. އިންޑިއާ އާއި އެގައުމުގެ ވެރިންނާ ދިމާ އާ ލާހެއްދެވިހާ އެއްޗެއް ގޮވާތާ ކިތަންމެ ދުވަހެކެވެ. އެންމެ އަވަށްޓެރި އެންމެ އެހީތެރި ދުނިޔޭގެ ބޮޑު ބާރެއްގެ ގޮތުގައި އޮތް އިންޑިއާ އާއި ވިއްދައިގަތްއިރު ހީވަނީ މިއީ ދުނިޔޭގައި އޮތް އެންމެ ގަދަ ސަރުކާރު ހެންނެވެ.

    ފަތުރުވެރި ކަމަށް ބަރޯސާ ވެގެން ދިރިއުޅޭ އިރު އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކީ ވެސް އިންޑިއާއެވެ.

    ކުންފުނި ތަކާއި މިނިސްޓްރީ ތަކުން ލިބުނު މަގާމު ތަކަށް އަރާ ކާޅު ބައެއްހެން އިންޑިއާއަށް ކުޑައިމީސް ކުރަންފެށި މުއިއްޒު ސަރުކާރަށް ފޫނާއްޓެއްގެ ލޮލުން ދުނިޔެ ފެންނަ ގޮތް ބަލަން ތިބޭށެވެ.

    މިހިރަ ކަންކަމާ ހުރެ އެތަކެއް މިލިއަނުން ފޮލޯވަރުން ތިބި ބޮލީވުޑްގެ ފަންނާނުން ބުނީމާ ހާހުން އެހެރަ ދަނީ ބުކިންތައް ކެންސަލް ކުރަމުންނެވެ.

    ވެރިކަމަށް ގެންނަން ލާރި އޮއްސާފައި އެޑްވައިޒަރުކަން ނަގައިގެން ތިބި ފަތުރުވެރިކަމުގެ ވިޔަފާރިވެރިންނާއި ރިސޯރޓް އޯނަރުން ލަދުގެން ބަލާށެވެ. ރަނގަޅަށް ވެސް ތިޔަ ތިބެވުނީ މޮޔައެއްގެ އަތަށް ކަނޑިއެއް ދީގެންނޭ ވިސްނޭނީ ކިހާ ދުވަހަކުން ހެއްޔެވެ؟ އާޒިމާ މޭޔަރަކަށް ހޮވަން ވެސް ކަލޭމެން ނުކުންނަން ވާނެއެވެ.

    ]]>
    Sun, 07 Jan 2024 18:09:16 +0500 ނިއުސް ޑެސްކް
    މުއައްޒަފުން އިތުރުވީ ރަނގަޅަށް ހިދުމަތް ދިނުމަށް: ސައީދު https://heerasnews.com/1989 https://heerasnews.com/1989 ފެނަކައިން މުވައްޒަފުން އިތުރުކުރީ ރަށްރަށުގައި ހިންގި މަޝްރޫއުތައް ނިމި، އެ ތަންތަން ހިންގުމަށްކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވެފައިވަނީ ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިޚާބީ ރައީސްގެ އޮފީހުން ފެނަކައާ ގުޅޭގޮތުން އާންމުކުރި މައުލޫމާތުތަކަށް ރައްދުދެއްވަމުންނެވެ.

    ހުސްވި ހަފްތާގައި އިންތިޤާލީ އޮފީހުގެ ތަރުޖަމާނު ފިރްޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެފައިވާގޮތުން މިދިޔަ ފަސް އަހަރު ތެރޭ ފެނަކަ ކުންފުންޏަށް 5000 މުވައްޒަފުން ވަނީ އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގައި އެކަނިވެސް 747 މީހުން ފެނަކައަށް އިތުރުވެފައިވާ ކަމަށް އިންތިޤާލީ އޮފީހުން ހާމަކުރިއެވެ.

    މިކަމަށް ރައްދުދެއްވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުޙައްމަދު ވިދާޅުވީ އެކުންފުނީގެ މުވައްޒަފުންގެ އަދަދު އިތުރުވެގެންދިޔައީ ރަށްރަށުގައި ހިންގި މަޝްރޫއުތައް ނިމި، އެ ތަންތަން ހިންގައި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ މުވައްޒަފުންނަށް ވަޒީފާ ދޭންޖެހުމުންކަމަށެވެ. އަދި އެވަޒީފާތައް ދީފައިވާނީ ސިޔާސީ އެއްވެސް ބޭނުމެއް ހާސިލު ކުރުމުގެ މަގްސަދެއްގައި ނޫންކަމަށް ސައީދު ވިދާޅުވިއެވެ.

    "ގާނޫނުން ލާޒިމް ކުރާ ގޮތުން ވެސް އަދި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވެސް ނަގަންޖެހޭ މުވައްޒަފުން އެ ޕީރިއަޑުގައި ނަގާނެ. އެއްވެސް ހާލެއްގައި އެއީ ސިޔާސީ ބޭނުމަކަށްޓަކައި ނަގައިފައި ތިބި މުވައްޒަފުންނެއް ނޫން. އިއްތިފާގަކަށް ވެދާނެ،" ސައީދު ވިދާޅުވިއެވެ.

    ސައީދު ވިދާޅުވީ މި ދައުރުގައި ފެނަކައާއި ގުޅޭ ގޮތުން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ސާބިތުކުރެވިފައި ނުވާ ކަމަށާއި ދެން ވެސް އެފަދަ ކަމެއް ސާބިތު ނުވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

    ]]>
    Sat, 11 Nov 2023 11:11:05 +0500 ނިއުސް ޑެސްކް
    ދުނިޔޭގެ ސައިގެ ދުވަސް އެސްޓީއޯއިން ފާހަގަކުރަމުން ދަނީ! https://heerasnews.com/1414 https://heerasnews.com/1414

    "ޓީ ވިތް ރަސަލް ހޮބްސް" ނަމުގައި  ދުނިޔޭގެ ސައިގެ ދުވަހާއި ގުޅުވައިގެން އެސްޓީއޯއިންދަނީ މިއަދު  ހާއްސަ ހަވީރެއް ބާއްވަމުންނެވެ. މި ހަވީރުގައި ރަސަލް ހޮބްސް ބުރޭންޑްގެ  ބައެއް އެހެން ޕޮރޮޑަކްޓް ތައްވެސް ބޮޑެތި ޑިސްކައުންޓްތަކަކާއިއެކު ވަރަށް ހެޔޮއަގުތަކެއްގައި ވިއްކުމައް ވަނީ ހަމަޖެހިފައެވެ.

    އެސްޓީއޯއިން މި ހާއްސަ އިވެންޓް ހިންގުމަށް ހަމަޖެހިފައިވަނީ، ލީސިން ޕާޓްނަރުންގެ ގޮތުގައި އެމްޔޫ ސްޓޯ، ސިމްޑީ، އޭރީސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް، ލިލީ، ބާކޭ އަދި މުޑުވާލިއާއި ގުޅިގެންނެވެ. މި އިވެންޓް ގައި ތަފާތު އެކި ވައްތަރުތަކުގެ ސައި ހިލޭ ރަހަބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

    އިނގިރޭސިވިލާތުގެ ނަންމަޝްހޫރު މި ބްރޭންޑަކީ އިލެކްޓްރިކް ކެޓްލް، ކޮފީމޭކަރ، ޓޯސްޓަރ، ބްލެންޑަރ ފަދަ ބަދި ގޭގައި ބޭނުންކުރާ އާލާތްތަށް ހެދުމުގައި 71 އަހަރުވެފައިވާ ދުނިޔޭގެ އިތުބާރުލިބިފައިވާ ބުރޭންޑެކެވެ.

    މިއިވެންޓް އޮންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި މިއަދު ހަވީރު 3 އިން ފެށިގެން މިއަދު އިރު އޮއްސި 6 ޖެހުމާހަމަ އަށްށެވެ.

    ]]>
    Sun, 21 May 2023 16:59:41 +0500 އުރޫ
    އެސްޓީއޯ ރޯދައަށް ތައްޔާރު https://heerasnews.com/1120 https://heerasnews.com/1120 ކޮންމެ އަހަރެއްގެ ރޯދަ މަހަކުވެސް އެސްޓީއޯއިން ރައްޔިތުންނަށް ހެޔޮ އަގުގައި ރައްޔިތުންނަށް ކާބޯ ތަކެތި ފޯރު ކޮށްދިނުމަށް ސަމާލުކަން ދެއެވެ. ދަތިކަމެއް ނެތި އަތްފޯރާފަށުގައި ބިހާއި ފިޔައާއި އަލުވި ހުސްނުކޮށް ލިބެން ހުންނާނެ ގޮތް ހެދުމަށް ދުރާލާ ސަމާލުވެއެވެ. 

    މި އަހަރުގެ ރޯދަ މަސް ބޯމަތިވެގެން އަންނައިރު ކުރީ އަހަރަށް ވުރެ އަގުކޮށް ފިޔައާއި ބިހާއި އަލުވި ލިބޭނެ އިންތިޒާމް މިހާރުވަނީ ކޮށްފައެވެ. ހުސްވި އަހަރު ރޯދަމަހު ފިޔާ ކިލޯއެއްގެ އަގަކީ 14 ރުފިޔާއެވެ. އެހެން ނަމަވެސް މި އަހަރު ފިޔާ ކިލޯއެއް 9 ރުފިޔާއަށް ލިބޭނެއެވެ. އަލުވި ކިލޯއެއް މި އަހަރު ވިއްކާނީ ކުރީ އަހަރަށް ވުރެ 2ރުފިޔާ އަގުހެޔޮކޮށް 11 ރުފިޔާއަށެވެ. 

    ރޯދަމަހަކީ އެހެނިހެން މަސްތަކަށް ވުރެ ފިޔާ، ބިސް އަދި އަލުވީގެ ޑިމާންޑް ބޮޑުވާ މަހެކެވެ. އެހެންކަމުން މިއަހަރު އެ ތަކެތީގެ 6 ޝިޕްމެންޓް އެއް ގެންނާނެއެވެ. އެގޮތުން ފުރަތަމަ ޝިޕްމެންޓް ހުސްވި ފެބްރުއަރީ 27 ގައި ގެނެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުން ވިއްކަމުން އެބަ ގެންދެއެވެ. 

    ހޯލްސޭލް މުދާ ދޫކުރުމަށް ވެސް ތިން ސަރަހައްދެއް ކަނޑައަޅާ އެތަންތަނުން ހިދުމަތް މިހާރު ލިބެން ފަށައިފިއެވެ. އެސްޓީއޯ ހޯލްސޭލް ސެންޓަރ އާއި އިންޑަސްޓްރިއަލް ވިލެޖުއާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ހޯލްސޭލް ކުރެވޭނެ ގޮތް މިހާރުވަނީ ހެދިފައެވެ. ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓުން ވެސް މި މަހުގެ 20 ވަނަ ދުވަހު ހިދުމަތް ދޭން ފަށާނެއެވެ.

    ހާއްސަ 11 ސަރަހަދެއް އަތޮޅުތަކުގައި ގާއިމް ކުރެވި އެސްޓީއޯގެ ފިހާރަތަކަށް ފިޔައާއި ބިހާއި އަލުވި ފޮނުވޭނެ ގޮތަށް ހަމަޖައްސާ އެ ތަކެތި ސަރަހައްދުގެ އެހެން ރަށްރަށަށް ފޯރުކޮށް ދިނުމުގައި އެސްޓީއޯއިން އެހީތެރިކަން ލިބޭނެއެވެ.

    ރޯދަމަހަށް ހާއްސަކޮށް ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ވެސް ހުސްވިޔަނުދީ ބެހެއްޓުމަށް އެސްޓީއޯއިން އޮތީ ތައްޔާރުވެއެވެ. އަނެއްކޮޅުން ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނާއި ހުޅުމާލެ ރޯދަ މާޓުން ލިބެން ހުންނާނެއެވެ.

    ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓް ތިރީގައި ފިހާރައެއް ހުޅުވާ ރޯދަމަހު އެ ފިހާރައިން މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮއްދިނުމަށް އެސްޓީއޯއިން ދަނީ ތައްޔަރުވަމުންނެވެ. މި މަހު އެ ފިހާރަ ވެސް ހުޅުވޭނެ ކަމަށް އެސްޓީއޯއިން އަންދާޒާ ކުރެއެވެ.

    ]]>
    Thu, 09 Mar 2023 23:48:52 +0500 ހީރަސް