Maldives Real Time Facts & މިރޫ https://heerasnews.com/rss/author/މިރޫ Maldives Real Time Facts & މިރޫ dv ކޮޕީރައިޓް: Heerasnews llp (P013622021) ގައުމިއްޔަތުގެ ނަމުގައި ޖާގަދެނީ ދެކޮޅުވެރިކަމަށް! https://heerasnews.com/2750 https://heerasnews.com/2750 މިވަގުތު ދުނިޔޭގައި އެއްވެސް ދައުލަތަކަށް ނިސްބަތް ނުވާ 4.4 މިލިއަން މީހުން އުޅޭކަމަށް ޔޫ.އެ.ންގެ ރެފިއުޖީ އޭޖެންސީގެ ތަފާތު ހިސާބުތަކުން ދައްކައެވެ. ވަކި ގައުމިއްޔަތަކަށް ނިސްބަތް ނުވާ މިފަދަ މީހުންނަށް އެންމެ އާދައިގެ އިންސާނީ ހައްގުތައް ހޯދުމަކީ އުނދަގޫ ކަމެކެވެ. މީގެ ތެރޭގައި ތައުލީމް އުނގެނުމާއި، ވަޒީފާ އަދާ ކުރުމާއި ސިއްހީ ހިދުމަތް ލިބިގަތުމުގެ އިތުރުން ކައިވެނި ކުރުމުގެ ހައްގު ފަދަ މުހިންމު ހައްގުތައް ހޯދުމަށްޓަކައި އެތައް ތަކުލީފުތަކަކާ ކުރިމަތިލާން ޖެހެއެވެ. ގައުމިއްޔަތެއްގެ މުހިންމުކަން އިހުސާސް ކުރެވޭނީ އެފަދަ މީހުންނަށެވެ. 

ވަކި ދައުލަތަކަށް ނިސްބަތް ނުވާ ބަޔަކު ތިބުމަށް މެދުވެރިވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. މިފަދަ ގިނަ ބަޔަކު ތިބުމަށް ދިމާވާ މައިގަނޑު ދެ ސަބަބަކީ އެއްވެސް ގައުމަކުން ވަކި ނަސްލެއްގެ މީހަކަށް ވީތީ ނުވަތަ ވަކިނަސްލަކަށް ނިސްބަތް ނުވާތީ ޖާގަ ނުލިބުމާއި ގައުމެއްގެ ގައުމިއްޔަތުގެ އަސާސްތަކާއި ގައުމެއްގެ ގާނޫނީ އިމުގެ ތެރެއަށް އެމީހަކު ނުފެތުމެވެ.

މިދައްކަނީ 4.4 މިލިއަން މީހުންގެ ވަހާކައެވެ. ދިވެހިރާއްޖެ ފަދަ ކުޑަކުޑަ އާބާދީއެއްގެ ވާހަކައެއް ނޫނެވެ. 3 ލައްކައެއްހާ މަދު މީހުންގެ އާބާދީއަކަށް ގައުމެއްގެ ސިފަ ލިބިގެން ވުމަކީ ކުޑަ ނިއުމަތެއް ނޫނެވެ. ގައުމަކަށް ނިސްބަތް ނުވާ 4.4 މިލިޔަން މީހުންނާ އަޅާބަލާއިރު މިކުޑަކުޑަ ދިވެހިރާއްޖެއަށް ނުލިބެނީ ކޮން ނަސީބެއް ހެއްޔެވެ. ނުހޯދެނީ ކޮން ހިދުމަތެއްހެއްޔެވެ. ނުލިބެނީ ކޮން ހައްގެއްހެއްޔެވެ. އެހެނެއް ކަމަކު ޝުކުރުވެރިވާ ބަޔަކުކަމުގައި އަހުރެމެން ނުވެއެވެ.

ތެދެކެވެ. މިއަދަކީ ރަބިއުލް އަވަލް މަހުގެ އެކެކެވެ. މިއަދަކީ ދިވެހި ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހެވެ. މިއަދު ރަތް ލިބާސް ލައިގެން، ފަގުޑި އޮޅައިގެން ނިކުމެ ބޮޑު ތަކުރުފާނުގެ ޖިހާދުގެ ވާހަކަ ދެއްކުމުން ގައުމީ ދުވަސް ފާހަގަ ކުރެވުނީ އެއްނޫނެވެ. ގައުމީ ދުވަސް އޭގެ ހަގީގީ މާނައިގައި ފާހަގަ ކުރަން ބޭނުން ނަމަ އެ ޖިހާދުތަކުގެ ހަގިގީ މަނާއާއި މަގްސަދާ މެދު ވިސްނާންޖެހެއެވެ.

މުހައްމަދު ތަކުރުފާނު ޖިހާދު ކުރެއްވީ ގައުމިއްޔަތަށް ޓަކައިއެވެ. ދިވެހިންނަށް ދިވެހިންގެ ހައްގުތައް ހޯދައިދިނުމަށް ޓަކައެވެ. ދީނާއި ވަތަނުގެ ކަރާމަތަށް ޓަކައެވެ. އަހްލާގީ އިމުން ބޭރުނުވާ، މުސްލިމް ދިވެހިވަންތަ މިނިވަން މާދަމާއެއް ގައުމަށް ހޯދާ ދިނުމުގެ ނިޔަތުގައެވެ. ދިވެހިން ގަބޫލު ކުރިޔަސް ނުކުރިޔަސް ބޮޑު ތަކުރުފާނު ފަދަ ގައުމީ ބަތަލުން ބަނތް ގައުމިއްޔަތާއި މިނިވަންކަމުގެ އޮޑި މިއަދު މިއޮތީ ގަދަ ކަނޑުގައި ބެހިފައެވެ. ޖެހި މިސްރާބުން މުޅިން ކައްސާލާފައެވެ.

އާނއެކެވެ. މިއަދުވެސް ރާއްޖޭގެ މިނިވަންކަމަށް ވަކާލާތު ކުރާ ބަޔަކު އެބަ އުޅެއެވެ. ނަމަވެސް ވަކާލާތު ކުރެވެނީ ކޮން ޒާތެއްގެ މިނިވަންކަމެއް ހޯދުމަށް ކަމެއް ދަންނަ އެކަކުވެސް ނޫޅޭ ކަހަލައެވެ. ފަހަރުގާ ނޭނގެނީ ނޫން ކަމަށް ވެދާނެއެވެ. ނޭނގޭ ކަމަށް ހަދަނީ ކަމަށްވެސް ވެދާނެވެ. އެނގޭ ކަމަކީ ރާއްޖެއަކީ ފުރިހަމަ ސިޔާސީ މިނިވަންކަން އޮތް ގައުމެއްކަމެވެ. ރާއްޖޭގެ މިނިވަންކަމާ ތޮޅޭ ބަޔަކު މިއަދަކުނެތެވެ. ރާއްޖޭން ބައެއް ހިފާ އަޅުވެތިކުރަން އުޅޭ ބަޔަކުވެސް ނެތެވެ. ގައުމިއްޔަތުގެ ނަމުގައި ޖާގަދެމުން ދާތަން ފެންނަނީ ނަފްރަތާއި ފަސާދައާއި ދެކޮޅުވެރިކަމަށެވެ. ވެރިކަމާއި އާރާބާރު ހޯދުމަށާއި ވެރިކަން ދަމަހައްޓާ ބާރުގައި ބަނގުޑި ބެއްދުމަށެވެ. 

ގައުމިއްޔަތުގެ ނަމުގައި އަވަށްޓެރިންނާ މޫނުކަނޑާލާ އާމްދަނީ ހުއްޓޭ ވަރަށް ގުޅުންތައް ގޯސްކޮށް ހަނގުރާމަވެރި ހާލަތަކަށް ގައުމު ވައްޓާލުމަކީ ގައުމިއްޔަތެއް ނޫނެވެ. ބަވަނަވެތި ދުނިޔޭގައި އެކަހެރިވެ އެހީތެރިކަމުގެ އަތުގައި ދަތްއަޅައިގެން ނެގެހެއްޓޭނެ ގައުމިއްޔަތެއް ގައުމެއް ނުއޮންނާނެއެވެ. މަވެތިކަން ބޮޑުކުރުމަށްވުރެ ފުދުންތެރި އަރަނިވެރި ބަޔަކަށްވުމަށް ބައިމަދު ވަސީލަތް މަދު ކުރިއަރާފައިވާ ގައުމުތައް ކުރިއަރާ ދިޔަގޮތް ދަސްކޮށް އެމަގުން ދާން އުޅުމަށްވުރެ ބޮޑަށް ގައުމިއްޔަތު ދެމެހެއްޓޭނެ ގޮތެއް ނެތެވެ. ފައިވާނަށް ނާރާ ފޮށައެއް އަނދެގެން ހުސްގަޔާ ކަމެއްނެތި ހޮޅުއަށީގައި ވާހަކަކިޔާން ތިބި ގައުމިއްޔަތަކީ ގައުމިއްޔަތެއް ނޫނެވެ.     

]]>
Wed, 04 Sep 2024 15:43:24 +0500 މިރޫ
ބަނޑުހައި ހޫނުކަމުގެ ކަލްޓެއްގެ 47 މަރު https://heerasnews.com/1294 https://heerasnews.com/1294 ކެންޔާގެ އަސޭރިފަށުގެ ރަށެއް ކަމަށްވާ މަލިންޑީ ކައިރީން  ހަށިގަނޑުތަކެއް ފެނިއްޖެއެވެ. ފުލުހުންގެ ތަހުގީގުން ފެނުނު 47 ހަށިގަނޑުގެ ތެރޭގައި ކުޑަ ކުދިންވެސް ހިމެނެއެވެ.

ތަހުގީގުން އެނގިފައިވާ ގޮތުގައި މިހާ ގިނަ އަދަދެއްގެ މީހުން މަރުވާން ދިމާވީ ބަނޑުހައި ހޫނުކަމުގައި ދުވަސްތަކެއް ހޭދަ ކުރުމުގެ ސަބަބުންނެވެ. ބެލެވޭ ގޮތުގައި މަރުވެފައިވާ މީހުންނަކީ ކަލްޓެއްގެ ބައިވެރިންތަކެކެވެ. ބަނޑުހައި ހޫނުކަމުގެ ކަލްޓުގެ ވެރިޔާ ކަމަށް ޝައްކު ކުރެވޭ، ޗާރޗް ލީޑަރު ޕޯލް މެކެންޒީ މިވަގުތު ހުރީ ފުލުހުންގެ ބަންދުގައިއެވެ. އޭނާ ކޯޓަށް ހާޒިރުވުމުގެ އަމުރު ވަނީ ނެރެފައިއެވެ. 

]]>
Wed, 26 Apr 2023 19:56:11 +0500 މިރޫ
ސަލްމާންޚާން ބޮލީވުޑްގެ މަސައްކަތުގައި އަވަދިނެތި https://heerasnews.com/1272 https://heerasnews.com/1272 މި ދުވަސްވަރަކީ ސަލްމާން ޚާން  ބޮލީވުޑްގެ މަސައްކަތުގައި  އަވަދި ނެތި  އުޅޭ ދުވަސްވަރެއްކެވެ. ހުކުރު ދުވަހު " ކިސީ ކާ ބައި ކިސީ ކީ ޖާން" ސިނަމާއަށް ނެރުމަށް ފަހު އޭނާ އުޅެނީ އާއިލާއާއެކު ޢީދު ފާހަގަ ކުރުމުގައި އެވެ. އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު އެކްޓަރު ދުބާއީއަށް މިސްރާބު ޖަހާނީ "އާޕް ކީ އަދާލަތު" ލޯންޗު ކުރުމަށެވެ.

އާޕް ކީ އަދާލަތަކީ 1993 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ޓީވީން އެންމެ ގިނަ ދުވަހު ދައްކާ އެއް ޝޯއެވެ.

މީގެ އިތުރުން ސަލްމާން ޚާން ވަނީ 2023 ވަނަ އަހަރުގެ ފިތުރު އީދު ދުވަހު "ކިސީ ކާ ބައި ކިސީ ކީ ޖާން" ބެލުންތެެރިންނާއި ހަމަޔަށް ގެނެސްދީފައެވެ. ފިލްމުގެ ތަރިންނަކީ ސަލްމާން ޚާން، ވެންކަޓޭޝް ދަގުބާތީ، ޕޫޖާ ހެގްޑޭ، ޖަގަޕަތީ ބާބޫ، ބުމިކާ ޗަވްލާ، ވިޖެންދަރު ސިންގް، އަބިމަނިއު ސިންގް، ރާގަވް ޖުޔާލް، ސިދާތު ނިގާމް، ޖޭސީ ގިލް، ޝެހެނާޒް ގިލް، ޕަލަކް ތިވާރީ އަދި ވިނާލީ ބަޓްނަގަރ އެވެ.

މި މަސައްކަތުގެ އިތުރުން ސަލްމާންގެ ޓައިގާ 3 ދިވާލީ 2023 ގެ ތެރޭގައި ސިނަމާއަށް ނެރޭނެއެވެ.

]]>
Sat, 22 Apr 2023 23:59:41 +0500 މިރޫ
ސްޕޭސްއެކްސްގެ ވީމިނީ އުދުއްސާލަނީ https://heerasnews.com/1255 https://heerasnews.com/1255 "ވީ2 މިނީ" ސެޓެލައިޓްގެ ތެރެއިން 21 ސެޓެލައިޓެއް ފެލްކަންގެ 9 ރޮކެޓެއްގައި ފްލޮރިޑާ ކޭޕް ކެނަވެރަލް ސްޕޭސް ފޯސް ސްޓޭޝަންއިން އުދުއްސާލަން ޝެޑިއުލްކޮށްފިއެވެ. ސްޕޭސް އެކްސްގެ ސްޕޭސް ލޯންޗް ކޮމްޕްލެކްސް 40 އިން ރޮކެޓްތައް އުދުއްސާލަނީ ހެނދުނު 10.30ގައެވެ. ވީ2 މިނީ" ސެޓެލައިޓްގެ ތެރެއިން 21 ސެޓެލައިޓް ތަކަކީ ސްޕޭސްއެކްސްގެ އައު ސްޓާލިންކްއެކެވެ. 

ރޮކެޓް ފޮނުވާލާތާ ގާތްގަނޑަކަށް 8 މިނެޓާއި 26 ސިކުންތު ފަހުން ފުރަތަމަ ޖައްސަން މަސައްކަތް ކުރާނީ އެޓްލާންޓިކް ކަނޑުގައި އޮތް އޮޓޮނޮމިކް ސްޕޭސްއެކްސް ޑްރޯންޝިޕް( އޭ ޝޯޓްފޯލް އޮފް ގްރެވިޓާސް)އަށެވެ.

ސްޕޭސްއެކްސްގެ ވީ2 މިނީ ސްޓާލިންކް ސެޓެލައިޓްތަކަކީ ކުރީގެ އިޓަރޭޝަންތަކަށް ވުރެ ވަރުގަދަކޮށް ފަރުމާކޮށްފައިވާ ސެޓެލައިޓްތަކެވެ. މި ސެޓަލައިޓް ތަކަކީ ކުރީގެ ވާޝަންތަކަށް ވުރެ ގިނަ ބްރޯޑްބޭންޑް ކެޕޭސިޓީއެއް ލިބޭނެ ސެޓެލައިޓްތަކެއް ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ހޯލް ތުރަސްޓާސް ވެސް އެކުލެވިގެންވާ، ފުރަތަމަ ވޭޝަންގެ ސްޓާލިންކް ސެޓެލައިޓްތަކެކެވެ. މިއީ ކުރީ ސެޓެލައިޓްތަކާއި އަޅާބަލާއިރު ދެގުނައަށް ވުރެ ގިނަ ތުރަސްޓް ލިބޭ އިލެކްޓްރިކް ޕްރޮޕަލްޝަން ސިސްޓަމްތަކެއް ކަމަށް ސްޕޭސްއެކްސް އިން ބުނެއެވެ.

ސްޕޭސްއެކްސްގެ 4،000 އަށް ވުރެ ގިނަ ސްޓާލިންކް ސެޓެލައިޓް މިހާރު ދުނިޔޭގެ އޯބިޓްގައި ހުރި ނަމަވެސް އެ އަދަދު ވަރަށް ބޮޑަށް އިތުރު ކުރުމުގެ ޕްލޭންތައް ވަނީ ރާވާފައެވެ. ސްޓާލިންކްގެ އިތުރު 12،000 ކްރާފްޓް ލޯންޗު ކުރުމަށް ރެގިއުލޭޓަރީ އެ ޕްރޫވަލް އެ ކުންފުންޏަށް ލިބިފައިވެއެވެ. ނަމަވެސް އިތުރު 30،000 ކްރާފްޓް އިތުރު ކުރުމުގެ ހުއްދަ ހޯދަމުން އެބަދެއެވެ.

މި ސެޓެލައިޓްތަކުގެ އެހީގައި ދުނިޔޭގެ ދުރު ނުވަތަ ޚިދުމަތް ނުލިބޭ ތަންތަނަށް ބްރޯޑްބޭންޑް އިންޓަނެޓް ގެނައުމަށް އެހީތެރިވެދޭނެ އެވެ. ކަންމިހެން އޮތް އިރު މިހާ ގިނަ ސެޓެލައިޓްތަކުގެ ސަބަބުން ޖައްވަށް  ލިބޭނެ ގެއްލުންތަކެއް ވެސް ހުންނާނެ އެވެ.

]]>
Wed, 19 Apr 2023 16:19:36 +0500 މިރޫ
މެންޗެސްޓަރ ސިޓީއަށް ޓްރިބަލް ލިބުމުގެ ހަގީގީ ފުރުސަތު https://heerasnews.com/1248 https://heerasnews.com/1248 މެންޗެސްޓާ، އިނގިރޭސިވިލާތް :  

ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އާލިންގް ހާލަންޑް ކުޅުނީ އެންމެ 45 މިނެޓަށެވެ. ނަމަވެސް އެއީ މެންޗެސްޓާ ސިޓީގެ ފޯވާޑަށް އިތުރު ރެކޯޑަކާ އެއްވަރު ކުރަން ފުދޭ ވަރަށް ވުރެ ގިނަ ވަގުތެވެ.

ޕްރިމިއާ ލީގުގެ 30 އިން ހަލާންޑް މެޗު ފެށިއިރު، އިއްތިހާދު ސްޓޭޑިއަމްގައި 25 މިނެޓް ފާއިތުވެގެން ދިޔައިރު ހަލާންޑް ހުރީ 32 ވަނައިގައެވެ. އެއީ 2018 ވަނަ އަހަރު ހެދި ޕްރިމިއާ ލީގުގެ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި މުހައްމަދު ސަލާހުގެ ރެކޯޑާ އެއްވަރުކުރި ރެކޯޑެވެ.

އެއް ސީޒަނެއްގައި އިތުރު ގޯލު ޖެހިފައިވަނީ ހަމައެކަނި އެންޑީ ކޯލް އާއި އެލަން ޝިއާރާ އެވެ. އެ މީހުނަށް އެކަން ކުރަން އޮތީ 42 މެޗެވެ. މި ސީޒަނުގައި ލީގުގައި ބާކީ އަށް މެޗު މެންޗެސްޓާ ސިޓީއަށް އެބައޮތެވެ. ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގައި އިތުރު ކުރިއެރުން ލިބިގެން އެ އަދަދު 14 އަށް އުފުލިގެން ހިނގައި ދާނެ އެވެ.

]]>
Mon, 17 Apr 2023 21:44:34 +0500 މިރޫ