Maldives Real Time Facts & އެޗްފާ https://heerasnews.com/rss/author/އެޗްފާ Maldives Real Time Facts & އެޗްފާ dv ކޮޕީރައިޓް: Heeras news llp (P01362021) ދުނިޔޭގެ އެންމެ ބިރުވެރި ހަވޭލިތައް މިހުރީ https://heerasnews.com/4147 https://heerasnews.com/4147 ދުނިޔޭގައިވާ އެންމެ ބިރުވެރި އަދި ރޫހާނީ ކަންތައްތައް އެންމެ ގިނަ ކަމަށް މަޝްހޫރުވެފައިވާ ބިނާއަކީ އަޔަރލޭންޑުގައި ހުންނަ "ލީޕް ކާސަލް" އެވެ. މީލާދީން 1250 ވަނަ އަހަރުގެ ތެރޭގައި ބިނާކޮށްފައިވާ މި ގަދީމީ ހަވޭއްޔަކީ އޯކެރޯލް ހާންދާނުގެ އަނިޔާވެރި މަރުތަކާއި، "ބްލަޑީ ޗެޕަލް" ގެ ނަމުން މަޝްހޫރުވެފައިވާ ތަނުގެ އިތުރުން، އިންސާނުންގެ ކަށިތަކުން ފުރިފައިވާ ބިރުވެރި ވަޅުގަނޑެއްގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ތަނެކެވެ.

ދުނިޔޭގެ އެންމެ ބިރުވެރި ހަވޭލިތައް:

ލީޕް ކާސަލް (އަޔަރލޭންޑް):

ދުނިޔޭގެ އެންމެ ބިރުވެރި ބިނާގެ ގޮތުގައި ބެލެވޭ މިތަނުގެ "ބްލަޑީ ޗެޕަލް" ގައި ކާހިނަކު އޭނާގެ އަމިއްލަ ބޭބެގެ އަތުން މަރުވެފައިވާއިރު، މިތަނުގެ އަޑީގައިވާ ކޮޓަރިއަކުން 150 އެއްހާ މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެވެއެވެ.

ޗިލިންގްހަމް ކާސަލް (އިންގްލެންޑް):

މިއީ އިނގިރޭސިވިލާތުގައި ހުރި އެންމެ ބިރުވެރި އެއް ބިނާއެވެ. ހާއްސަކޮށް މިތަނުގައިވާ "ބްލޫ ބޯއި" ގެ ރޫހާއި، މީހުންނަށް އަނިޔާކުރުމަށް މާޒީގައި ބޭނުންކުރި ކޮޓަރި މަޝްހޫރެވެ.

ބްރޭން ކާސަލް (ރޫމޭނިއާ):

"ޑްރެކިއުލާ ކާސަލް" ގެ ނަމުން މަޝްހޫރުވެފައިވާ މިތަނަކީ ބިރުވެރި ވާހަކަތަކަކާ ގުޅިފައިވާ، ގިނަ ބަޔަކު ޒިޔާރަތްކުރާ ތަނެކެވެ.

ގްލޭމިސް ކާސަލް (ސްކޮޓްލޭންޑް):

މިއީ އިނގިރޭސި ރާނީގެ މަންމާފުޅުގެ އާއިލީ ގެކޮޅެވެ. މިތަން މަޝްހޫރުވެފައިވަނީ އެތަނުގައި ފޮރުވިފައިވާ ބިރުވެރި ސިއްރުތަކާއި ތާރީހީ ހާދިސާތަކުގެ ސަބަބުންނެވެ.

ހިމޭޖީ ކާސަލް (ޖަޕާން):

ޖަޕާނުގައި ހުރި އެންމެ ބިރުވެރި ހަވޭލި ކަމަށް ބެލެވޭ މިތަން ގުޅިފައިވަނީ "އޮކީކޫ" ގެ ހިތާމަވެރި ފޯލޯކްލޯއާއެވެ.

ޕްރެޖަމާ ކާސަލް (ސްލޮވީނިއާ):

ބޮޑު ހޮހަޅައެއްގެ ތެރޭގައި ބިނާކޮށްފައިވާ މި ހަވޭއްޔަކީ ބަދަލުހިފުމާއި ހިޔާނާތުގެ އަނދިރި ތާރީހެއް އޮތް ތަނެކެވެ.

ބުނެވިދިޔަ ހުރިހާ ބިނާތަކަކީވެސް މާޒީގައި ހިނގާފައިވާ އަނިޔާވެރި އަމަލުތަކާއި، ގަތުލުއާންމުތަކާއި، އަދި އިންސާނިއްޔަތާ ހިލާފު ކަންތައްތަކުގެ ސަބަބުން، ބިރުވެރި ވާހަކަތަކާއި ރޫހާނީ ކަންތައްތަކާ ގުޅިފައިވާ ތަންތަނުގެ ގޮތުގައި މަޝްހޫރުވެފައިވާ ތަންތަނެވެ.

]]>
Wed, 06 May 2026 04:09:01 +0500 އެޗްފާ
އެލްސޯފާ ޒިނޭގެ ތުހުމަތު ހުދުކާފޫރަށް! https://heerasnews.com/4106 https://heerasnews.com/4106 އުމުރުން ހަގުއަންހެން ކުއްޖަކު ދޮށީ މީހަކާއި އެކު ރާއްޖޭގެ އެންމެ މަތީ އޮފީހުގައި ވިޔާނުދާ އަމަލުތަކެއް ހިންގި ކަމަށް އިއުތިރާފުވެ އެ ވާހަކަ އާންމުންގެ ސަމާލުކަމަށް ގެނައުމަކީ އާދައިގެ ކަމެއް ނޫނެވެ. އަންހެން ކުއްޖާގެ މާޒީގައި ކިތަންމެ ނުރަގަޅު ސިފަތަކެއް ހުއްޓަސް އެއްޔަކީ ރާއްޖޭގެ އެންމެ އިސް ވެރިމީހާ އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ޖެހޭނެ ސަބަބެއް ނޫނެވެ.

އަންހެންކުއްޖާ ބުނި ބުނުމަކީ ހަގީގަތެއްނަމަ ރާއްޖޭގެ އެންމެ އިސް ވެރިޔާ އޭނާ ގުރޫމް ކުރުމުގެ ކުރިން އޭނާ ރޭޕް ކުރީ ކަމަށް ދޭހަވާފަދަ ގޮތަކަށް ބަސް އިއްވުމަކީ ދިވެހީންނާއި ދިވެހިރާއްޖޭގެ އެންމެ އިސްވެރިއެއްގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫނެވެ. އަންހެން ކުއްޖާގެ އިއުތިރާފާއި ކަން ހިނގާދިޔަ ގޮތަށް ރިޔާއަތް ކުރާއިރު ކުއްވެރި ވާންވީ އެ އޮފީހުގެ ކޮޓަރީގެ ތެރޭގައި ވާ އެލް ސޯފާ އެއް ނޫނެވެ. އިންޒާރު ދޭންވީ އެ ވާހަކަ ދައްކާ އަދި އެ ވާހަކައިގެ މައްޗަށް ކުޅެވޭ މަގުމަތީ ސިޔާސީ ސިލްސިލާ ތަމްސީލަކަށްވެސް ނޫނެވެ.

ހަޑި ހުތުރު އަމަލު ހިންގި ފަރާތްތައް ހުދު ކާފޫރަށް ބަދަލު ނުކުރާށެވެ. މުއައްސަސާތަކުން ލޯމަރާލުމުން ދެން އެ އިސްވެރިޔާ ޝިކާރަކުރާނީ ކާކު ކަމެއް ނޭނގެއެވެ. ދިވެހީންގެ ތެރެއިން ކޮންމެ މީހަކަށްވެސް ވެދާނެއެވެ. ދިވެހި މަންމައަކަށް، ދައްތައަކަށް، ދަރިއަކަށް ނުވަތަ އެހެން މީހެއްގެ އަންބަކަށްވެސް ވެދާނެއެވެ. ވެރިންގެ ޝަހުވަތްތެރިކަން ފިލުވާލަން ތިބޭ ބަޔަކަށް ދިވެހި ޅަދަރިން ނުހައްދަވާށެވެ. ހެދިޔަ ނުދޭށެވެ. އެކަންކަމަށް ކަނު ލޮލެއް ނުދޭށެވެ. ނުއިވޭ ވާހަކައަކަށް ނުހައްދަވާށެވެ. ޒިންމާނަގާ ޒިންމާދާރުވާށެވެ. މިއީ ދައުލަތުގެ މުއައްސަސާ ތަކަށް ކުރެވޭ އިލްތިމާސެކެވެ. 

ތުހުމަތަކީ އަޅާ ނުލާ ދޫކޮށްލާން ހެޔޮވާވަރުގެ ތުހުމަތެއް ނޫނެވެ. އެހެނީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ އަމަލަކަށް މިކަން ވުމެވެ. އަދި އެކަން ބާރުގަދަ ވަނީ ތުހުމަތުވާ އެކެއްގެ އަމިއްލަ އިއުތިރާފުންނެވެ. ހައްދު ޖަހަނެ ޖެހޭނެ އަމަލަކަށް ވުމެވެ. އަންހެން މީހާގެ ބަސް ދޮގުވެއްޖެ ނަމަ ގަޒުފު ކުރާނެ އަމަލަކަށް ވުމެވެ. 

ދައުލަތުގެ މުއައްސަސާތައް މިފަދަ ކަންކަން ލުއި ކޮށް ނިންމާލުމަކީ ރާއްޖޭގެ ރައްޔިތުންގެ މޫނުމަތީގައި ޖަހާލެވޭ އެތިފަހަރެކެވެ. ދައުލަތުގެ އިސް ވެރީން އަމިއްލަ ސިއްރު ގުނަވަންތައް ވީޑިއޯކޮށް ފޮޓޯނަގާ ހިލޭ އަންހެނުންނަށް ފޮނުވުމުން ކުއްވެރިވަނީ އެ ފޮޓޯތައް އާންމު ކުރާ ފަރާތަށް ވެގެން ނުވާނެއެވެ. ޔުމްނު ވައްޓާލިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައިވެސް ދައުލަތުގެ އިސް ވެރިން ހިމެނޭ ކަމުގެ ތުހުމަތެވެ. މިއީ ސަމޯއާ އެގްރީމަންޓުގެ އަސަރު ނޫންބާވައޭވެސް ހިތަށް އަރައެވެ.

]]>
Thu, 23 Apr 2026 10:40:23 +0500 އެޗްފާ
ރައިސް ދެއްވެވި ލުއިތަކުން ރައްޔިތުންގެ ތަކުލީފުވީ އިތުރު https://heerasnews.com/3231 https://heerasnews.com/3231 ދިވެހިންގެ ރާއްޖޭގެ ކޮންމެ ސަފުހާއެއް ހުޅުވާ ބަލާލިޔަސް ފެންނާނީ ރައިސް މުއިއްޒު ރައްޔިތުންނަށް ދެއްވަވާފައިވާ ލުއިތަކެވެ. ރައްޔިތުންނަށް މިފަހަރު ރައިސް ކަމޭ ހިތްތެވި މިންވަރުން ، ރައްޔިތުން ތިބީ ހަދާނެ ގޮތް ހުސްވެފައިއެވެ.

އަތް ނުފޯރާފަށުގައި ހުރި ކަރަންޓު ބިލުތަކަށް ރޯދަ މަހާއި ގުޅިގެން ލުއި ދޭނެކަމަށް ރައިސް މުއިއްޒުގެ ސަރުކާރުންވަނީ ވައުދުވެފައެވެ. މިހަބަރު ލިބުމުން ރައްޔިތުން ތިބީ ހިންދެމިލައިގެންނެވެ. ނަމަވެސް މިސަރުކާރަކީ އަބަދުވެސް ހޮޅި ވައުދުވާ ސަރުކާރެއްކަން ރައްޔިތުން ހަނދާނެތުނީ އެވެ.

މިދިޔަ އަހަރުގެ އެންމެ ހޫނު ތިން މަސްކަމަށްވާ ރެކޯޑްވެފައިވާ ފެބްރުއަރީ، މާރޗް އަދި އެޕްރިލް މަހުގެ ބިލްތަކަށް ލުއި ލިބޭނެކަމަށް ސްޓެލްކޯއިންވަނީ ބުނެފައިއެވެ. އަދި ބާކީ އޮތް 9 މަހުގެ އެވެރޭޖް  އަގަށް ވުރެ، މިއަހަރުގެ އެތިން މަހުގެ ބިލުގެ އަގު އިތުރު ނުވާނެކަމަށް ވެސް ބުންޏެވެ. ނަމަވެސް އީދު ޗުއްޓީ ނިންމާލާ ގެއަށް ވަނތްއިރު ބިލުތައް އައީ ބޯކޮޅު ވަތަށެވެ. ރޯދަ މަހުގެ ބިލުތައް އައީ ދެގުނަށް ބޮޑުކޮށެވެ.

މުއިއްޒެއްކަމަކު އަބަދަކު ރައްޔިތުން މޮޔައެއް ނުހެއްދޭނެއެވެ. އީދަށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާ މަގުތައް ދިއްލިޔަސް ހިންގާ ޖަރީމާތަކެއް ނުފޮރުވޭނެއެވެ.

ރައިސް މުއިއްޒޫއެވެ. މަނިކުފާނު ދެއްވާ ކޮންމެ ލުއިޔަކާއި އެކު ރައްޔިތުންގެ ތަކުލީފު ވަނީ އިތުރެވެ. މާތް ކަލާކޯ ލުއި ދެއްވިޔަސް ލުއިދެއްވަވަން ވާނީ ހިތަށް ކުޅަދާނަ މިންވަރަށްށެވެ. 

]]>
Fri, 04 Apr 2025 16:38:31 +0500 އެޗްފާ
މަސްދަޅުކޭހާއި ބޮކިފައްޗަކުން ޗަލުވައެއް ނުލެވޭނެ! https://heerasnews.com/3222 https://heerasnews.com/3222 ރައިސް މުއިއްޒު އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ އީދުގައިވެސް ރައްޔިތުން ސަޕްރައިޒްވާ ފަދަ އީދު ހަދިޔާއެއް ދެއްވަވައިފިއެވެ.ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އެންމެ އާބާދީ ބޮޑު ދެރަށުގައި ފިތުރު އީދަށް ބޮކިފަތި ދިއްލައްވަން ނިންމަވައިފިއެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ހައިބަތު ދައްކާލުމަށް ޓަކައި މިދިއްލާލެވޭ ދިއްލުންތަކަށް ސަރުކާާރުން 28 މިލިއަން ރުފިޔާގެ ހަރަދެއް ކުުރުމަށްވަނީ ނިންމާފައެވެ. ނުވިތާކަށް ބޮކިފަތިތައް އިފްތިތާހު ކުރުމަށް ޓަކައި މި މަހުގެ 29 ވަނަ ދުވަހު ހަފްލާއެއްވެސް ބޭއްވުމަށް ނިންމަވައިފިއެވެ. ރައިސް މުއިއްޒުގެ ހުވަފެންފުޅަށް ހަގީގީ ކުލަ ޖެއްސުމަށްޓަކައި، ލޯކަލް ގަވަމެންޓް މިނިސްޓްރީން މިހާރު ވަނީ އަމަލީ މަސައްކަތްތައް ފަށާފައެވެ.

ހިތާމައަކީ މިހާ ފުރިހަމަޔަށް ރައިސް މުއިއްޒު މިމަސައްކަތް ކުރައްވާ އިރުވެސް ، ރައްޔިތުން ތިބީ ރައިސް މުއިއްޒުގެ އީދު ހަދިޔާ ގަބޫލުކުރާ ގޮތަކަށް ނޫނެވެ. ވާނީ ވެސް އެހެންތާއެވެ. ރާއްޖޭގައި އެންމެ އާބާދީ ބޮޑުއެެއް ސަރަހައްދަކީ އައްޑޫއެވެ. އައްޑޫ ރައްޔިތުން ދެ މިނެޓުން ދެ މިނެޓުން ފުޅިބައްތި ދިއްލައިގެން ތިބޭ އިރު، މިކަލޭގެ މިވިސްނަނީ 28 މިލިއަން ރުފިޔާ ހޭދަކޮށްފައި އީދަށް ރަށުތެރެ ޒީނަތް ކުރުމަށް ބޮކިފަތި ދިއްލާށެވެ.

އެއިއްޔަކީ މުޅިއަކުން މައްސަލައެއްވެސް ނޫނެވެ.ކަންދެއްކުމަކީ އެމަނިކުފާނުގެ ކަށީގައި ހިފާފައިވާ ކަމަކަށް ވެދާނެއެވެ. ފަހަރުގައި ރައިސް މުއިއްޒު އެކުލަވާލެއްވި ވައުދު ފޮތުގައި އޮތީ ފުރަތަމަ އީދަށް ބޮކި ދިއްލުމެވެ. އެއަށް ފަހު ރާާއްޖޭގެ ރަށްތަކުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުން ކަމަށްވެދާނެވެ. އައްޑޫ ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓު މައްސަލަ ރޯދައިގެ ކުރިން ހައްލު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވި އެވެ. ނަމަވެސް މި ރޯދަ މަހު އައްޑޫގައި ކަރަންޓު ކެނޑޭވަރު ގިނަވެ، ރައްޔިތުންނަށް ވަނީ ބޮޑު ތަކުލީފަކަށްވެފައެވެ.

ރައިސް މުއިއްޒޫއެވެ. ކޮންމެ ފަހަރަކު މަސްދަޅު ކޭހެއް ދީފައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހިންދައެއް ނުލެވޭނެއެވެ. ތިޔަ ބަލަހައްޓަވަނީ ގައުމެކެވެ. ގައުމެއްގެ ރައްޔިތުންނެވެ. ހިތް ބުރަވެއްޖެ ނަމަ ހަދިޔާއެއް ދީގެން ހިތްރުއްސާލަން މީކުޑަކުދިންނެއް ނޫނެވެ. އަދި އަނބި ކަނބުލޭގެއެއްވެސް ނޫނެވެ.

]]>
Thu, 27 Mar 2025 17:15:00 +0500 އެޗްފާ
ކުލަބު ވޯލުޑް ކަޕަށް ރިއާލް މެޑްރިޑުން އެލެކްޒެންޑްރާ އާރްނޯލްޑު ބޭނުންވެއްޖެ https://heerasnews.com/3224 https://heerasnews.com/3224 މިވަގުތު ލިވާޕޫލަށް ކުޅެމުން އަންނަ ޓުރެންޓް އެލެކްޒެންޑްރާ އާރނޯލްޑު ، ފީފާއިން ބައްވާ ކުލަބު ވޯލުޑް ކަޕަށް އެޓީމަށް ސޮއި ކުރުމަށް ރިއާލް މެޑްރިޑުން ބޭނުން ވެއްޖެއެވެ. އާރނޯލްޑު ލިވާޕޫލަށް ކުޅުމަށް ހަމަ ޖެހިފައިވާ އެއްބަސްވުން ހަމަވާނީ މި އަހަރުގެ ޖޫން 30 އަށްށެވެ.ނަމަވެސް ޖޫން 18 ގައި މުބާރަތް ފަށާނެއެވެ. ރިއާލްއިން ބޭނުންވަނީ މުބާރަތް  ފެށުމުގެ ކުރިން އާރްނޯލްޑް ރިއާލްއަށް ސޮއި ކުރުމަށްށެވެ.

ފީފާއިން މިމުއްދަތުގެ ތެރޭގައި ކުޅޫންތެރިންގެ ޓުރާންސްފާ ކުރިއަށް ގެންދިއުމަށްވަނީ ރަވާފައިވެއެވެ.ރިއާލްމެޑްރިޑްގެ ފުރަތަމަ މެޗްގައި ބަދަލު ކުރަނީ  އަލް-ހިލާލް އާއި ދެކޮޅަށްށެވެ.ރިއާލް މެޑްރިޑްއިން އަންނަނީ ލިވާޕޫލުގެ ކުޅުންތެރިޔާ މުހައްމަދު ސޮލާހު، ހޯދުމަށް ވެސް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

ފީފާއިން ވަނީ ޖޫން 1-10 އަކަށް ކުލަބްތަކުގެ މެދުގައި ޓުރާންސްފަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ޖޫން 27 އާއި ޖުލައި 3 އިން މުބާރަތްތުގެ މެދު ތެރޭއިން  ފިީފާއިން ހުޅުވާލާ ޓުރާންސްފަރގައި ، ކޮންމެ ކުލަބަކުން ސުކޮޑަށް އިތުރު 2 ކުޅުންތެރިން އިތުރު ކުރެވޭނެއެވެ. އެހެންކަމުން މިފުރުސަތުގެ ބޭނުން ހިފާ ރިއާލްއިން އާރނޮލްޑް ޓީމަށް ސޮއި ކުރުވާނެކަމަށް ލަފާކުރެއެވެ. 

]]>
Thu, 27 Mar 2025 16:02:20 +0500 އެޗްފާ
ހީރަސް ރެސިޕީ: ބަރަބޯ މަސްހުނި https://heerasnews.com/3223 https://heerasnews.com/3223 މިއަދުގެ ހީރަސް ރެސެޕީ މިހާއްސަކޮށްލަނީ ބަރަބޯ މަސްހުންޏަށެވެ. ކޮންމެ ދުވަހަކު  ރޯދަވީއްލުމަށް ނުވަތަ ސައިބޯގަޑިއަށް ފަތް މަސްހުނި މޮޑުމުގެ ބަދަލުގައި ރަހަތަފާތު ކޮށްލުމަށް ބަރަބޯ މަސްހުންޏަކީ އެއްވަނައިގެ ކާނާއެކެވެ. ބަރަބޯ މަސްހުންޏާއި ރޮއްޓަކީ އަނގަޔަށް މީރު ކެއުމެކެވެ.

ބަރަބޯ މަސްހުނި ހަދަން ބޭނުންވާނެ ތަކެތި:

  • 1 ފިޔާ
  • 3 ހިކަނދި ފަތް
  • 1/4 ލުންބޯ
  • 1/6 ގިތެޔޮ މިރުސް
  • 1/4 ސަމްސާ ލޮނު
  • 1/2 ޖޯޑު ކާށި ހުނި
  • 1 މަސްދަޅު
  • 1 ޖޯޑު ފެނު ކެއްކި ބަރަބޯ(ފެނާ ނުލާ)

 

ތައްޔާރު ކުރާނެ ގޮތް:

  1. ތުނި ތުނިކޮށް ފިޔާ ކޮށާލާ
  2. ހިމުންވާ ވަރަށް ކުދި ކުދިކޮށް ހިކަނދި ފަތްތައް ކޮށާލާ
  3. ހެޔޮވަރުގެ މޮޑޭލެވޭ ފަދަ ތައްޓަކަށް ފިޔާތައް އަޅާލާ
  4. ފިޔާތަކުގެ ތެރެއަށް ލުނބޯ ހުތްފިތާލާ
  5. ފިޔާތަކަށް ލޮނުއަޅާ ފިޔާތަކުގެ ދިޔަ ނިކުންނަ ވަރަށް ރަނގަޅަށް މޮޑެލާ
  6. މަޑު މަޑުން ހުންޏާއި ހިކަންދި ފަތް ފިޔާތަކު ތެރެއަށް އަޅާ މޮޑެލާ
  7. މަސްދަޅުން  ތެޔޮކޮޅު ވަކި ކުރުމަށް ފަހު ހުނިތަކު ތެރެއަށް އަޅާ މޮޑެލާާ
  8. އެންމެ ފަހުން ފެނު ކެއްކި ބަރަބޯތައް މަސްހުނިގަނޑު ތެރެއަށް އަޅާ މޮޑެލާ
]]>
Thu, 27 Mar 2025 15:18:52 +0500 އެޗްފާ
ހީރަސް ރެސެޕީ: ފޮނި ބިސްކޯދު https://heerasnews.com/3216 https://heerasnews.com/3216 ހީރަސް ރެސެޕީ މިއަދު މި ހާއްސަކޮށްލަނީ ފޮނި ބިސްކޯދަށްށެވެ.ފޮނި ބިސްކޯދަކީ ކުޑަ ވަގުތު ކޮޅަކުން ، މަދު ބާވަތްތަކަކުން ހަދާލެވޭ އަނގަޔަށް މީރު ކާނާއެކެވެ.މިއީ އާއިލީ އެއްވުންތަކާއި ހަފްލާތަކުގައި ތައްޔާރުކޮށްލަން ވަރަށް ކަމުދާނެ ކާނާއެކެވެ.

ފޮނި ބިސްކޯދު ހަދަން ބޭނުންވާނެ ތަކެތި:

  • 1 ޕެކެޓް ކުރީމް ކްރެކާޒް ބިސްކޯދު
  • 1/2 ގެރި ކިރު
  • 1 ކާށި ހުނި
  • 6 ވައް ދޮންކެޔޮ
  • 1/2 ވެނީލާ އެސެންސް
  • 1/2 ޖޯޑު ފެންޓާ ސްޓުރޯބެރީ

ތައްޔާރު ކުރާނެ ގޮތް:

  1. ހެޔޮވަރުގެ ތައްޓަކަށް ދޮންކެޔޮ ނޮޅާލާފައި ، ދޮންކެޔޮތައް ރަނގަޅަށް މޮޑެލާ
  2. އެއަށްފަހު ހުންޏާއި ގެރި ކިރު ، ދޮންކެޔޮތަކު ތެރެއަށް އަޅާ މޮޑެލާ
  3. ބިސްކޯދުތައް ފުނޑުކޮށްލާފައި މޮޑުނު ދޮންކެޔޮގަނޑު ތެރެއަށް އަޅާލާފައި ހިމުންވާ ވަރަށް މޮޑެލާ
  4. އެންމެ ފަހުން ފެންޓާ ޖޯޑު، ބިސްކޯދުތައް ތެރެއަށްއަޅާ އެއްކޮށްލާ

]]>
Mon, 24 Mar 2025 17:31:16 +0500 އެޗްފާ
މުއިޒުގެ ޑީބީއެމް ފިލްމު ނުފެށެނިސް ޓްރައިލާ ފުލޮޕްވެއްޖެ https://heerasnews.com/3215 https://heerasnews.com/3215 މުއިޒުގެ ޑިވްލޮމެންޓު ބޭންކުގެ ފިލްމު ނުފެށެނިސް ޓްރައިލާ ފުލޮޕް ވެއްޖެއެވެ.ދިވެހިންގެ ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވްލޮޕްމެންޓް ބޭންކު އަދި ކުރިއަށް ނުކަނޑަނީސް އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާދެއްވައިފި އެވެ.

ވާނީވެސް އެހެންތާ ފެތިގެންދާނެ އޮޑިޔެއްގެ ދިރުނބާކޮޅަށް އަރާކަށް،ނޮއެލް ގްރެގާ އެއްކަމުވެސް ބޭނުމެއްނުވާނެތާއެވެ.

ނޮއެލް އަކީ އިނގިރޭސިވިލާތުން ތަންދޮރު ފިލައިގެން ހުރި ބޭންކިންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.ނޮއެލް މިމަގާމަށް އައްޔަނުކުރީ 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގައިއެވެ. ވޭތުވެ ދިޔަ 8 މަހުގެ ތެރޭގައި އޭނާގެ މިނިންމުން ބަދަލު ކުރައްވާނީ ގައިމު ކުޅި ސަމާތަކެއް ފެނިވަޑައިގެންތާއެވެ. 

އޮޔާލާ ގޮސްފައިވާ ދިވެހީންގެ ސަރުކާރަށް އަހަރެއްވުމާއި ގުޅިގެން ހުޅުވި ޑިވެލޮޕްމެންޓް ބޭންކް އަދި ހުރީ ރަމްޒީ ތަނެއްގެ ގޮތުގައިއެވެ.ފަހަރުގައި އެއީ މުއިޒުއަށް ސާނާ ކިޔާ ކުދިންގެ ލޮލަށް ފިނިކަން ގެނައުމަށް ޓަކައި ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް މުއިޒުގެ އަތަށް ގޮވުމުގެ ސިލްސިލާއަކަށް ނިމުމެއް ނެތެވެ.ދެން ނެރޭ ކޮންމެ ޓުރޭލާއެއް ހަމަ ދާނީ ފުލުފުލުން ފުލޮޕްވަމުންނެވެ.މިފަހަރު ފިލީ ޑައިރެކްޓަރޭ ދެން ފިލުމުވެސް އޮންނާނެ ކަމެއް ނޭނގެވެ.

]]>
Sun, 23 Mar 2025 21:13:53 +0500 އެޗްފާ