Maldives Real Time Facts & ނާއިރާ https://heerasnews.com/rss/author/ނާއިރާ Maldives Real Time Facts & ނާއިރާ dv ކޮޕީރައިޓް: Heerasnews llp (P013622021) މިއަހަރުގެ އެންމެ ބޮޑު ހަނދު https://heerasnews.com/1785 https://heerasnews.com/1785 "ބްލޫ މޫން" 2023 ވަނަ އަހަރުގެ އެންމެބޮޑު ހަނދު ސަފަރު މަހުގެ 15 ވިލޭރޭ.ބްލޫ މޫން ފެންނާނީ ބުދަ ދުވަހުގެ ރޭ (އޮގަސްޓް 30) އެވެ. މޫސުން ގޯސް ނޫންނަމަ މި ހަނދު އެންމެ ބޮޑުކޮށް ފެންނާނެކަމަށް ބެލެވެނީ އިރުއޮއްސޭތާ މާގިނައިރުތަކެއް ނުވަނީސްއެވެ.

މީގެ އިތުރުން މި ބްލޫ މޫން އަކީ ސުޕަރ މޫނެކެވެ. މާނަޔަކީ ހަނދު ފެންނާނީ އާންމުކޮށް ފެންނަ ވަރަށް ވުރެ ކުޑަކޮށް ބޮޑުކޮށެވެ. ގާތްގަނޑަކަށް %7 ބޮޑު ގޮތަކަށެވެ. ހަމަ ލޮލުން މި ސައިޒުގެ ތަފާތު އެހާބޮޑަށް ފާހަގަ ނުކުރެވޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ބުދަ ދުވަހުގެ ރޭ ޕްލެނެޓް ސެޓަރން ހަނދުގެ މަތީ ކަނާތްފަރާތުގައި ގާތްގަނޑަކަށް 5 ޑިގްރީ ބައިގެ ދުރުމިނެއްގައި އޮވެގެން ހަނދު "ފޮޓޯބޮމް" ކުރާނެއެވެ

 

 

]]>
Tue, 29 Aug 2023 00:21:15 +0500 ނާއިރާ
ސްޓެލްކޯ އެމްޑީ މުއައްޒަފުންނާ ބައްދަލު ކުރެއްވުން https://heerasnews.com/1766 https://heerasnews.com/1766 ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ކުންފުނީގެ މުއައްޒަފުންނާ ބައްދަލުކުރައްވާ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަގުނަ މަސައްކަތް ކުރައްވައެވެ. އެގޮތުން ވަކިވަކީންނާއި ގްރޫޕް ގްރޫޕްށާއި ހުރިހާ މުއައްޒަފުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާ އިރުޝާދު ދެއްވުމަކީ އާދައެކެވެ.

މެނޭޖިން ޑިރެކްޓަރު ޝަރީފު މިމަހުގެ 19ވަނަ ދުވަހުގެރޭ ވެސް ވަނީ އެގޮތުން ބޮޑު ބައްދަލުވުމެއް މުއައްޒަފުންނާއެކު ސްޓެލްކޯގައި ބާއްވާފައެވެ. މި ބައްދަލުވުމަކީވެސް މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ޝަރީފު ހަވާލުވެވަޑައިގެންނެވި ފަހުން ކުންފުނީގެ އެންމެ ފަހުގެ މައުލޫމާތު މުވައްޒަފުންނާއި ހިއްސާ ކުރެއްވުމަށާއި، މުވައްޒަފުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. 

ބައްދަލުވުމުގައި ކުންފުނީގެ މަސައްކަތްތަކާއި ކުންފުނީގެ ކުރިމަގާއި މުއައްޒަފުންގެ ކުރިއެރުމާ ޓީމްވޯކްގެ މައްޗަށް އަލިއަޅުވަލާ މަޝްވަރާ ކުރައްވާ އިރުޝާދު ދެއްވިއެވެ. 

]]>
Thu, 24 Aug 2023 00:02:32 +0500 ނާއިރާ
އިންޑިއާ އިން އާ ތާރީހެއް ހަދައިފި https://heerasnews.com/1764 https://heerasnews.com/1764 އިންޑިއާ އިން ކާމިޔާބުކަމާއެކު ޖައްވީ އުޅަނދެއް ހަނދުގެ ދެކުނު ޕޯލްއަށް  ޖައްސައި، އެކަން ކުރި ފުރަތަމަ ގައުމު ގޮތުގައި ވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މި މިޝަންގެ ކާމިޔާބީ "ހުރިހާ އިންސާނިއްޔަތަކަށް ނިސްބަތްވާ" ކަމަށެވެ. ޗަންދްރަޔާން-3 – ސަންސްކްރިޓް ބަހުން “މޫންކްރާފްޓް” – އިންޑިއާގެ ދެކުނުގެ ސްރީހަރިކޯޓާގައި ހުރި ލޯންޗް ޕެޑަކުން އުދުހިފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުއެވެ.

ބުނެވޭ ގޮތުގައި ހަނދުގެ ދެކުނު ޕޯލްއަކީ ޖައްސަން އެންމެ އުނދަގޫ ތަނެވެ. އެކަން ކުރުމަކީ ވަރަށް ދަތިކަމެއްކަން މިދިޔަ ހަފްތާ ބަންދުގައި ރަޝިޔާގެ ކްރާފްޓެއް އަމިއްލަ ބިޑެއްގެ ތެރޭގައި ވެއްޓުނު ފަހުންވަނީ ކަށަވަރުވެފައިއެވެ.  

ބެލެވޭ ގޮތުގައި ދެކުނު ޕޯލްގައި ހިޔަނި އަޅާފައިވާ ކްރޭޓަރު ތަކުގައި އައިސް ގަނޑު ފެން ހުރިކަމަށް ބެލެވެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި އެސްޓްރޮނޯޓުންނާއި ސައިންސްވެރިންނަށް އެތަނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެވޭނެ ތަނެއްކަމަށް މިތަން ވެގެންދާނެއެވެ.

 

ނާސާ ހިމެނޭ ގޮތަށް ޖައްވީ އިދާރާތަކުން ވެސް ވަނީ މީގެ ކުރިން ހަނދުގެ ދެކުނު ޕޯލް ކްރޭޓަރުތަކުން ފިނިވެފައިވާ ފެން ފެނިފައިއެވެ.  ނަމަވެސް އެއްވެސް ގައުމަކުން މިހާތަނަކަށް މި ސަރަހައްދަށް ވަދެފައެއް ނުވެއެވެ.

 

ގަނޑު ފެން ހަގީގަތުގައި ހުރިނަމަ، އޭގެ އެހީގައި ތެލާއި، އޮކްސިޖަން އަދި ބޯފެނަށް ބޭނުންކުރެވިދާނެއެވެ. އަދި ކުރީގެ ހަނދުގެ އަލިފާންފަރުބަދަ ތަކާއި މިދުނިޔޭގެ ކަނޑުތަކުގެ އަސްލުތަކާ ބެހޭ ގޮތުންވެސް މައުލޫމާތު ލިބިގެނަދާނޭކަށް ބެލެވެއެވެ.

]]>
Wed, 23 Aug 2023 23:42:15 +0500 ނާއިރާ
ޕީއެފްއޭ އެވޯޑަށް ހާލަންޑް ނޮމިނޭޓްވެއްޖެ https://heerasnews.com/1756 https://heerasnews.com/1756 އާލިންގް ހާލަންޑަކީ ޕްރޮފެޝަނަލް ފުޓްބޯޅަ އެސޯސިއޭޝަންގެ ފިރިހެން ކުޅުންތެރިންގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވި މެންޗެސްޓާ ސިޓީގެ ތިން ކުޅުންތެރިން ތެރެއިން އެކެކެވެ.

އުމުރުން 23 އަހަރުގެ ނޯވޭގެ ކުޅުންތެރިޔާ ވަނީ އިނގިރޭސި ފުޓްބޯޅައިގެ ފުރަތަމަ ސީޒަނުގައި އަޖައިބު ކުރަނި ކުޅުމެއް ދައްކަދީފައެވެ.

އޭނާ ވަނީ ޕެޕް ގާޑިއޯލާގެ ސައިޑުގައި ހުރެގެން ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށް މުބާރާތެއްގައި 52 ގޯލު ޖަހައިފައެވެ.

އާލިންގް އާއި އެކު މެންޗެސްޓާ ސިޓީއިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވެފައި ތިބި އަނެއް ދެކުޅުން ތެރިންނަކީ ކެވިން ޑަ ބްރޫން އާއި ޖޯން ސްޓޯންސްއެވެ. 

މީގެ އިތުރުން ހަ ކުޅުންތެރިންގެ ޝޯޓްލިސްޓުގައި އާސެނަލްގެ ބުކާޔޯ ސާކާ އާއި މާޓިން އޯޑެގާޑް ގެ އިތުރުން މިހާރު ބަޔާން މިއުނިކަށް ކުޅެމުން އަންނަ ސްޕާސްގެ ކުރީގެ ފޯވާޑް ހެރީ ކޭން ހިމެނެއެވެ.

]]>
Sat, 19 Aug 2023 07:49:57 +0500 ނާއިރާ
ގަދަރު 2 އަށް 260 ކްރޯޑް ރުޕީސް https://heerasnews.com/1755 https://heerasnews.com/1755 ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ގުޅިގެން ކުޅުނު ގަދަރު 2 ފިލްމު ވަނީ މުޅި އިންޑިއާގެ ސިނަމާތަކުން ގިނަ ބެލުންތެރިންތަކެއް ގެ ޝައުގުވެރިކަން ހޯދާފައެވެ. 

ގަދަރު 2 އަށް ވަނީ ފުރަތަމަ ދުވަހު 40 ކްރޯޑް ރުޕީސް، ދެވަނަ ދުވަހު 43 ކްރޯޑް ރުޕީސް، ތިން ވަނަ ދުވަހު 51 ކްރޯޑް ރުޕީސް، ހަތަރު ވަނަ ދުވަހު 38 ކްރޯޑް ރުޕީސް، ފަސް ވަނަ ދުވަހު 55 ކްރޯޑް ރުޕީސް އަދި ހަވަނަ ދުވަހު 32 ކްރޯޑް ރުޕީސް ލިބިފައިއެވެ. އިންޑިއާގައި  ޖުމްލަ  261 ކްރޯޑް ރުޕީސް ލިބިފައިވެއެވެ . އަދި އިންޓަނޭޝަނަލް ބޮކްސް އޮފީހުގައި މިހާރު ވަނީ 338.50 ކްރޯޑް ރުޕީސް ލިބިފައެވެ.

މިފިލްމުގެ އަމާޒަކީ  "ދަ ކެރެލާ ސްޓޯރީ" ފަހަތަށް ޖައްސާލާފައި މި އަހަރުގެ ކުރީކޮޅު ޝާހްރުކް ޚާން ލީޑް ރޯލުން ފެނިގެންދިޔަ  "ޕަތާން" ހެދި ހުރިހާ ހިންދީ ރެކޯޑް މުގުރާލުމެވެ. ޕަތާން އެކްޝަން ފިލްމުން އިންޑިއާގައި 543 ކްރޯޑް ރުޕީސް ނެޓް ހޯދިއިރު، މުޅި ދުނިޔޭގައި ވެސް 1000 ކްރޯޑް ރުޕީސް އަށް ވުރެ ގިނަ ރުފީސް ހޯދިއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރެއްވި ޓްވީޓެއްގައި އޭނާގެ ފޮލޯވަރުންނާ ސުވާލު ކުރެއްވީ، ގަދާރު 2 ޕަތާންގެ އުމުރު ދުވަހުގެ ވިޔަފާރި ފަހަނައަޅައި ގޮސް ނެޓް ކަލެކްޝަންގެ ގޮތުން އިންޑިއާގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކަށް ވާނެތޯއެވެ.

]]>
Sat, 19 Aug 2023 07:49:33 +0500 ނާއިރާ
ނޭމާގެ ޓްރާންސްފަރ އަލްހިލާލްއަށް https://heerasnews.com/1749 https://heerasnews.com/1749 ސައުދީ ޕްރޯ ލީގުގެ އަލްހިލާލް އަށް ބްރެޒިލްގެ ފޯވާޑް ނޭމާ ވިއްކުމަށް ޕެރިސް ސެއިންޓް ޖާމައިން އެއްބަސްވެއްޖެއެވެ. 

2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއްގެ ގޮތުގައި 200 މިލިއަން ޕައުންޑަށް ޕީއެސްޖީއާ ގުޅުނު ނޭމާ ވަނީ ލީގު 1 ކުން ހޮނިހިރު ދުވަހު ލޮރިއޮން އާއި ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގެ ސްކޮޑުން ބާކީކޮށްފައެވެ.  އާ ސީޒަނަށް ކޯޗު ލުއިސްގެ ޕްލޭންތަކުގެ ތެރޭގައި އޭނާ ހިމެނިފައެއް ނުވެއެވެ.

ނޭމާ އަށް ފްރާންސް ޓީމުން އަހަރަކު 25 މިލިއަން ޔޫރޯ (21.6 މިލިއަން ޕައުންޑް) ގެ އާމްދަނީއެއް ލިބެމުންދާ ކަމަށް ބެލެވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާއަށް ސައުދީ އަރަބިއްޔާގައި އަހަރަކު 150 މިލިއަން ޔޫރޯ (129.2 މިލިއަން ޕައުންޑް) ލިބޭނެއެވެ. އެއީ ޕީއެސްޖީގައި އޭނާއަށް ލިބުނު އާމްދަނީގެ ހަ ގުނަ އެވެ. 

ބްރެޒިލްގެ މި ކުޅުންތެރިޔާ ވަނީ ޕީއެސްޖީއަށް 173 މެޗު ކުޅެދީ، ލީގު 1 ގެ ފަސް ތަށި ހިމެނޭ ގޮތަށް 13 ތަށި ހޯދައިދިނުމުގެ އިތުރުން 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްދީފައިވެއެވެ.

 

 

 

]]>
Mon, 14 Aug 2023 21:34:12 +0500 ނާއިރާ
ބޮލީވުޑްގެ ލެޖެންޑަރީ ބަތަލާ ޖަލަށްލައިފި https://heerasnews.com/1746 https://heerasnews.com/1746

ވެޓެރަންގެ ބަތަލާ ޖަޔާ ޕްރަޑާ އަށް ހަ މަސް ދުވަހުގެ ޖަލު ހުކުމަކާއި އެކު ޖޫރިމަނާ ކުރުމުގެ ހުކުމެއް ހުކުރު ދުވަހު ޗެންނާއީ ކޯޓުން އިއްވާފައިވާ ކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބަތަލާގެ މައްޗަށް ސާބިތުވެ ހުކުމް އިއްވީ ޗެންނާއީގައި ހުންނަ ތިއޭޓަރުގައި އޭނާގެ މުވައްޒަފުންނަށް އީއެސްއައި (އެމްޕްލޯއީސް ސްޓޭޓް އިންޝުއަރެންސް) ގެ ފައިސާ ނުދީގެން ކޯޓަށް ހުށަހެޅިފައި އޮތް ވަރަށް ކުރީގެ މައްސަލައަކާ ގުޅިގެންނެވެ.

ލޯކަލް މީޑިއާތަކުން ބުނާ ގޮތުގައި އޭނާގެ އިތުރުން އޭނާގެ އެކުވެރިން ކަމަށްވާ ރާމް ކުމާރާއި ރާޖާ ބާބޫ ވެސް ވަނީ ފަސް ހާސް ރުޕީސްއިން ޖޫރިމަނާކޮށްފައެވެ.

ސިޔާސީ މީހަކަށް ބަދަލުވި މިއެކްޓަރަކީ ކުރިން ޗެންނާއީގައި ތިއޭޓަރ ކުންފުންޏެއްގެ ވެރިއެކެވެ. ޕޯސްޓް އިޓްސް ޝަޓް ޑައުން ވުމުން، އެ މަސައްކަތްތެރިން ބުނީ އެމީހުންގެ އީއެސްއައި ފައިސާ އެ މީހުންނަށް ނުދިން ކަމަށާއި އެއީ އެމީހުންގެ އުޖޫރައިން އުނިކޮށްފައިވާ ފައިސާ ކަމަށެވެ.

]]>
Sun, 13 Aug 2023 19:23:39 +0500 ނާއިރާ
23 މީހަކު މަރުވެ 30 މީހަކު ގެއްލިއްޖެ https://heerasnews.com/1737 https://heerasnews.com/1737 މިޔަންމާގެ ރާޚައިން ސްޓޭޓުން ދޯންޏެއްގައި  ފިލައިގެން ދިޔަ ރޮހިންޔާގެ 23 މީހުންގެ ހަށިގަނޑު ފެނިއްޖެއެވެ. އިތުރު 30 މީހަކު ގެއްލިގެން ހޯދަމުންދާއިރު، އެކްސިޑެންޓުގައި އަށް މީހަކު ސަލާމަތްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.

ސަލާމަތްވި މީހުން ބުނެފައި ވަނީ މެލޭޝިއާއަށް އާދެވޭތޯ އުޅެނިކޮށް 50 އަށް ވުރެ ގިނަ ފަސިންޖަރުންނާއެކު ދަތުރުކުރި އެ މީހުންގެ ދޯނި ފަޅައިގެން ގޮސް އެ ދޯނީގެ ފަޅުވެރިންނާއި އެކު އަޑިއަށް ގޮސް ފައިވާ ކަމަށެވެ.

ކޮންމެ އަހަރަކު ވެސް އެތައް ހާސް ރޮހިންޔާ މީހުން މެލޭޝިއާ ނުވަތަ އިންޑޮނޭޝިއާ އަށް މިކަހަލަ ނުރައްކާތެރި ކަނޑު ދަތުރު ކުރަން މަސައްކަތް ކުރެއެވެ. އެމީހުން މިފަދަ ދަތުރުތަޢް ކުރަނީ މިޔަންމާގެ ފިތުނަތަކާއި ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގެ ތޮއްޖެހުމުން ސަލާމަތް ވުމަށެވެ.

ހަމަ އެކަނި މި ހަފުތާގައި މަރުވި މީހުންގެ ތެރޭގައި 13 އަންހެނުންނާއި 10 ފިރިހެނުން ހިމެނެއެވެ. އެ އެންމެންނަކީ ވެސް ރޮހިންޔާ މުސްލިމުން ކަމަށް ރެސްކިއު ޓީމަކުން ބުނެފައިވެއެވެ.

 

]]>
Sat, 12 Aug 2023 00:12:33 +0500 ނާއިރާ
ބޯޓެއް އަޑިއަށް ގޮސްގެން 41 މީހުން މަރުވެއްޖެ https://heerasnews.com/1731 https://heerasnews.com/1731 އިޓަލީގެ ލަމްޕެޑޫސާ ޖަޒީރާއެއްގެ ކައިރިން ބޯޓެއް އަޑިއަށް ގޮސް 41 މީހުން މަރުވެފައިވާ ކަމަށް ސަލާމަތްވި މީހުން ބުނެފިއެވެ.

މި ކާރިސާއިން ސަލާމަތްވީ އެންމެ ހަތަރު މީހުން މީހުންނެވެ. އެއީ  13 އަހަރުގެ ފިރިހެން ކުއްޖަކާއި ދެ ފިރިހެނަކާއި އަންހެނަކުއެވެ.

ސަލާމަތްވި މީހުން ބުނި ގޮތުގައި އެ މީހުން ތިބީ ތިން ކުޑަކުދިން ހިމެނޭ ގޮތަށް 45 މީހުންނާއެކު ދަތުރުކުރި ދޯންޏެއްގައި ކަމަށެވެ.

އެމީހުން ބުނި ގޮތުގައި ގާތްގަނޑަކަށް 7 މީޓަރު (20 ފޫޓު) ދިގު މި ދޯނި މި ދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސްފަކްސް އިން ފުރައިގެން ދިޔަ ތަނާ ގަޑިއެއްހާއިރު ތެރޭގައި ބޮޑު ރާޅެއް ޖެހުމަށް ފަހު އަޑިއަށް ދިޔައީ ކަމަށެވެ.

އުތުރު އެފްރިކާއިން ޔޫރަޕަށް ކަނޑު ހުރަސްކޮށް ދަތުރުކުރި މީހުންގެ ތެރެއިން މި އަހަރުގެ މިހާތަނަށް 1800 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

 

 

 

 

 

]]>
Wed, 09 Aug 2023 23:43:57 +0500 ނާއިރާ
އަލްއިއްތިހާދުގެ ބެންޒެމާ އުމްރާއަށް https://heerasnews.com/1727 https://heerasnews.com/1727 ސައުދީ ކްލަބް އަލް އިއްތިހާދަށް ކުޅޭ ފްރާންސްގެ ފުޓްބޯޅަ ކުޅުންތެރިޔާ ކަރީމް ބެންޒެމާ ވަނީ މައްކާގެ ހަރަމްފުޅުގައި އުމްރާވާ ވީޑިއޯއެއް އާންމުކޮށްފައެވެ.

އުމުރުން 35 އަހަރުގެ ތަރި އޭނާގެ 20.5 މިލިއަން ފޮލޯވަރުންނާ އެކު އެ ވީޑިއޯ ޝެއާރ ކޮށްފައި ވަނީ "މަޝާ އައްލާ، ބެސްޓް އޮފް ދަ ބެސްޓް، އަލްހަމްދުލލިއްލާ” ކިޔާލަފައެވެ.

ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް އަދި ބެލޮންޑިއޯ ހާސިލްކުރި ކުޅުންތެރިޔާ އަލް އިއްތިހާދާ ގުޅުނީ މިހާރުގެ ހޫނު މޫސުމުގެ ޓްރާންސްފާރ ވިންޑޯގައެވެ. އޭނަގެ ތިން ސީޒަނުގެ ކޮންޓްރެކްޓެއްގެ އަގު އަހަރަކު 215 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

 ބެންޒެމާ ވަނީ މިހާތަނަށް ޖިއްދާ ޓައިގާސްއާއެކު ހަތަރު މެޗު ކުޅެ، ތިން ލަނޑު ޖަހައި، އެއް އެސިސްޓް ކޮށްފައެވެ.

]]>
Wed, 09 Aug 2023 00:10:24 +0500 ނާއިރާ
ސްކައުޓް ޖަމްބޯރީން 36000 ސްކައުޓުން ހުސްކުރަނީ https://heerasnews.com/1722 https://heerasnews.com/1722 ޓްރޮޕިކަލް ސްޓޯމް ޚަނަން އުފެދެމުންދާތީ ދެކުނު ކޮރެއާގެ ބުއާންގެ އައްސޭރިފަށުގެ ސްކައުޓް ޖަމްބޯރީގެ 36000  ސްކައުޓުން ނެރެ އެ ސަރަހައްދު ހުސް ކުރަނީއެވެ.

ދެކުނު ކޮރެއާގެ މޫސުމާ ބެހޭ އިދާރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހުގެ ހެނދުނު 9 ޖެހިއިރު ޚަނަން އޮތީ ޖަޕާނުގެ އޮކިނާވާ ޖަޒީރާގެ އިރުއުތުރުން ގާތްގަނޑަކަށް 205 މޭލު ދުރުގައެވެ. އެހެން ކަމުން ބުދަ ދުވަހު ދެކުނު ކޮރެއާއަށް މި ތޫފާނުގެ އަސަރު ކުރަން ފަށާނެ ކަމަށް ބެލެވެއެވެ.

ބުއާން ހިމެނޭ ގޮތަށް އެ ގައުމުގެ ދެކުނުގެ ބޮޑެތި ސަރަހައްދުތަކަށް ބުދަ ދުވަހުގެ އިރާކޮޅުން ފެށިގެން ތޫފާނުގެ އަސަރު ކޮށްފާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ރައީސް ޔޫން ސުކް ޔެއޯލްގެ އޮފީހުން ވަނީ ސްކައުޓުން އެ ގައުމުގެ ވެރިރަށް ސޯލް އަދި ކައިރީގައިވާ މެޓްރޯޕޮލިޓަން ސަރަހައްދުތަކުގެ ހޮޓަލްތަކަށާއި އެހެނިހެން ވަސީލަތް ތަކަށް ބަދަލުކުރަން އަންގަވާފައެވެ. މީގެ ތެރެއިން  158 ގައުމެއްގެ ސްކައުޓުން ތިބޭން ވަނީ ވެރިރަށް ސޯލް އާއި ކައިރީގައިވާ މެޓްރޯޕޮލިޓަން ސަރަހައްދުގެ ތަންތަން ހަމަޖައްސާފައެވެ.

މީގެއިތުރުން ސަރުކާރުގެ ތަމްރީނު މަރުކަޒުތަކާއި، ތައުލީމީ ވަސީލަތްތަކާއި، ހޮޓަލްތަކުގައި ޖާގަ ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ވޯލްޑް އޮގަނައިޒޭޝަން އޮފް ދަ ސްކައުޓް މޫވްމަންޓުން ދެކުނު ކޮރެއާއަށް ގޮވާލެއްވީ ސްކައުޓުން ތޫފާނުގެ މަގުން އަވަހަށް ގެންދިއުމަށާއި ބައިވެރިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

]]>
Tue, 08 Aug 2023 16:55:04 +0500 ނާއިރާ
ސްޓެލްކޯގެ ޓްރައނަރސް ޓްރެއިނިންގ ޕްރޮގްރާމް https://heerasnews.com/1721 https://heerasnews.com/1721 ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގައި މުއައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއެވެ. މުވައްޒަފުންގެ އިލްމާއި ހުނަރު ހުރި ދާއިރާތަކުން އެ މުވައްޒަފުން މެދުވެރިކޮށް އެތާނގެ މުއައްޒަފުންގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުމަކީވެސް ސްޓެލްކޯއިން ކުރާ ކަމެކެވެ. 

ސްޓެލްކޯގައި މުވައްޒަފުންގެ އިލްމާއި ހުނަރު ހުރި ދާއިރާތަކުން އެ މުވައްޒަފުން މެދުވެރިކޮށް އެހެން މުވައްޒަފުން ތަމްރީނު ކުރުމަށާއި، ކުންފުނީގެ އެތެރޭގައި އެކި ދާއިރާތަކުން ތަމްރީނު ދެވޭނެ ޓްރެއިނަރުންގެ ޕޫލެއް ގާއިމް ކުރުމަށް ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މުއައްޒަފުންގެ ތެރެއިން މުއައްޒަފުން ތަމްރީނުކުރުމަށް ބޭއްވި ޓްރެއިން ދަ ޓްރެއިނާ ޕްރޮގްރާމްއެއް ސްޓެލްކޯއިން ހިންގައިފިއެވެ. 

ޓްރެއިން ދަ ޓްރެއިނާ ޕްރޮގްރާމްގެ ބައިވެރިންނަށާއި އެކުންފުނިން ބޭއްވި ފިޑިކް ތަމްރީން ޕްރޮގްރާމް ފުރިހަމަ ކުރި މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ލިއުން ވަނީ މިހާރު ދީފައެވެ.

 

]]>
Tue, 08 Aug 2023 16:55:00 +0500 ނާއިރާ
ސްޓެލްކޯއިން ތޮއްޑޫ ފުޓްސަލްދަނޑު މަރާމާތު ކޮށްދިނުން https://heerasnews.com/1715 https://heerasnews.com/1715 ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކުންފުނީގެ އިހުތިސާސްގެ ދަށުގައިވާ ރަށްރަސުގައި ދިމާވާ ކަންކަމަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ސްޓެލްކޯއިން ކުރަމުން އަންނަ ކަމެކެވެ.

އެގޮތުން އއ. ތޮއްޑޫގެ ފުޓުސަލް ދަނޑުގެ ފެންސް ހަލާކުވެފައި ހުރުމާއި ގުޅިގެން  ތޮއްޑޫ އިންޖީނުގޭގެ މުވައްޒަފުން ވަނީ އެރަށުގެ ފުޓްސަލް ދަނޑުގެ ފެންސްގެ ދަނގަޑުތަކާއި، އެތާނގެ ވެލްޑިންގެ މަސައްކަތްކޮށް ކުރަންހުރި ހުރިހާ މަސައްކަތެއް ނިންމާ ފެންސް އަލުން މަރާމާތުކޮށްދީފައެވެ.

ސްޓެލްކޯއިން ތޮއްޑޫ ފިޓްސަލް ދަނޑުގެ މަރަމާތުގެ މަސައްކަތް ކޮށްދީފައިވަނީ ތޮއްޑޫ ކައުންސިލްގެ އެދުމުގެ މަތިންނެވެ. 

 

 

]]>
Tue, 08 Aug 2023 16:54:55 +0500 ނާއިރާ
ހިންމަފުށީ ސުކޫލަށް ސްޓެލްކޯގެ އެހީތެރިކަން https://heerasnews.com/1712 https://heerasnews.com/1712 ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމަށްޓަކައި ހިންމަފުށީ ސުކޫލުން ވަމުންދާ ތައްޔާރީތައް ވުމުގައި ސްޓެލްކޯގެ އެހީތެރިކަން ފޯރުކޮށް ދީފިއެވެ. އެ ސުކޫލުގައި މައްސަލަ ޖެހިފައިވާ ފަންކާތަކާއި، ބޮކިތައް ބަދަލުކުރުމަށް އެހިތެރިވެ ދިނީ ހިންމަފުށީ އިންޖީނުގޭގެ މުވައްޒަފުންނެވެ.

އިޖުތިމާއީ ހިދުމަތުގައި ސްޓެލްކޯއަކީ ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.  

]]>
Sat, 05 Aug 2023 18:37:19 +0500 ނާއިރާ
ކުޑަކުދިންގެ ސްކްރީން ޓައިމިން ލިމިޓްކުރަނީ https://heerasnews.com/1707 https://heerasnews.com/1707 ޗައިނާއިން އިންޓަނެޓް އެޑިކްޝަނަށް ކުޑަކުރުމުގެ ގޮތުން ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ފޯނުގައި ހޭދަކުރެވޭ ވަގުތު ކުޑަކުރުމަށް އާ ފިޔަވަޅުތަކެއް ހުށަހަޅައިފިއެވެ.

މިކަމުގެ އަމާޒަކީ ކުޑަކުދިންގެ ތެރޭގައި "ރަނގަޅު އަޚްލާގާއި "ސޯޝަލިސްޓް އަގުތައް" އާލާކުރަން ބާރުއެޅުވުމެވެ.

ޗައިނާގެ އެންމެ މަތީ އިންޓަނެޓް ރެގިއުލޭޓަރު ކަމަށްވާ ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަނުން ބުދަ ދުވަހު ނެރުނު ހުށަހެޅުމެއްގައި ބުނެފައިވަނީ ހުރިހާ މޯބައިލް ޑިވައިސްތަކާއި އެޕްތަކާއި އެޕް ސްޓޯރުތަކުގައި ދުވާލަކަށް ސްކްރީން ކުރާ ވަގުތު ހަނިކުރާ "މައިނަރ މޯޑް" އެއް ހުންނަން ޖެހޭނެ ކަމަށެވެ.

މައިނަރ މޯޑުގައި ޑިވައިސްތަކާއި އެޕްލިކޭޝަންތައް ދުވާލަކު ބޭނުންކުރުން 8 އަހަރުން ދަށުގެ ކުޑަކުދިންނަށް 40 މިނެޓާއި 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ގަޑިއެއް ހާއިރު އަދި  18 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް ދެ ގަޑިއިރު ލިމިޓް ހިމެނިގެންދާނެއެވެ. އަދި މި އެޕްލިކޭޝަން ވެގެންދާނީ ބެލެނިވެރިން އިސްތިސްނާ ނުކުރާ އެޕްލިކޭޝަންއެއްގެ ގޮތުގައެވެ.

މި ހުރަސްތައް ފާސްކޮށްފިނަމަ، ކުޑަކުދިންގެ މެދުގައި ސްކްރީން ކުރާ ވަގުތު ހަނިކޮށް، "ނޭދެވޭ މައުލޫމާތަށް" ލިބުން މަދުކުރުމަށް ބެއިޖިން އިން ފާއިތުވި އަހަރުތަކުގައި އަމާޒުކުރި އަމާޒުކުރުން ފުރިހަމަވެގެން ދާނެއެވެ.

]]>
Fri, 04 Aug 2023 01:07:31 +0500 ނާއިރާ
ކްލަބް މޯލްޑިވްސް ކަޕް 2023 ގެ ރައުންޑް އޮފް 16 ގެ މެޗަށް ސްޓެލްކޯ ޓީމު https://heerasnews.com/1706 https://heerasnews.com/1706 ކްލަބް މޯލްޑިވްސް ކަޕް 2023 ގެ ރައުންޑް އޮފް 16 ގެ މެޗަށް ސްޓެލްކޯ ޓީމު ތައްޔާރުވަމުންދާއިރު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް 

އާއި އިސްވެރިން ވަނީ ޓީމާއި ބައްދަލު ކުރައްވާ ޓީމަށް ހިތްވަރު ދެއްވައިފިއެވެ. 

ސްޓެލްކޯ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ޓީމަށް ފުރިހަމަ ކާމިޔާބީއަކަށް އެދި ވަރަށް ބޮޑަށް ވަނީ ހިތްވަރު ދެއްވާފައެވެ.

 

]]>
Fri, 04 Aug 2023 00:26:40 +0500 ނާއިރާ
ކޮރެއާގެ އައިޑޮލް ލީ ޖޫން ހޯ އަބުރު: 3 މިލިޔަން https://heerasnews.com/1699 https://heerasnews.com/1699 ކޮރެއާގެ އެކްޓަރު އަދި އައިޑޮލް ލީ ޖޫން ހޯ ހުކުރު ދުވަހު އެކްޓަރުއާ ބެހޭ ގޮތުން އަޑުތައް ފެތުރާ އޮންލައިންކޮށް ކޮމެންޓްތައް ކުރި މީހަކާ ދެކޮޅަށް ކުރި އަބުރުގެ މައްސަލަ ކާމިޔާބު ކުރި ކަމަށް ޖޭވައިޕީ އެންޓަޓެއިންމަންޓުން ބުނެފިއެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އޭނާގެ ލޭބަލް ޖޭވައިޕީ އެންޓަޓެއިންމަންޓުން ބުނާ ގޮތުގައި، އެ ކުށް ކުރި މީހާ 3 މިލިއަން ކޮރެއަން ވޮން އިން ޖޫރިމަނާކޮށްފައިވެއެވެ.

ލީ ޖޫން ހޯ ފަހަކަށް އައިސް އޭނާގެ ޝޯ "ކިންގް ދަ ލޭންޑް" އިން މަޤްބޫލުކަން ލިބެމުން އަންނައިރު އޭނާ އަކީ ދެކުނު ކޮރެއާގެ ބޯއީ ބޭންޑް 2ޕީއެމްގެ ވެސް މެމްބަރެކެވެ.

ތަރީގެ ލޭބަލްގައިވާ ގޮތުން، ދެކުނު ކޮރެއާގެ އިންފޮމޭޝަން ޕްރޮމޯޝަން އެކްޓްގެ ދަށުން ކުށްވެރިޔާ ޖޫރިމަނާ ކުރަން ކޯޓުން ނިންމި ނިންމުމަށް ފަހު، ޖޭވައިޕީން ވަނީ އެ މީހުންގެ ފަންނާނުން ހިމާޔަތް ކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދާކަން އިއުލާންކޮށްފައެވެ.

 

]]>
Mon, 31 Jul 2023 21:20:42 +0500 ނާއިރާ
ރެމީ އެނިގްމާ 67 ވަނަ ބުރިން ވެއްޓި މަރުވެއްޖެ https://heerasnews.com/1698 https://heerasnews.com/1698 އުސް އިމާރާތްތަކުގެ މަތިން ސްނެޕް ކުރުމަށް މަޝްހޫރު ފްރާންސްގެ ޑޭއާޑެވިލް ރެމީ ލުސިޑީ ހޮންކޮންގުގެ 721 ފޫޓު  އުސް އިމާރާތަކުން ވެއްޓި މަރުވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ރެމީ އެނިގްމާ ނަމުން މަޝްހޫރު ރެމީ މަރުވެފައިވަނީ ޓްރެގަންޓާ ޓަވަރު ކޮމްޕްލެކްސް އަށް އަރަމުން ދަނިކޮށް 68 ވަނަ ފަންގިފިލާއިން ވެއްޓިގެން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހު ހޮންކޮންގުގެ ޓްރެގަންޓާ މަގުގައި ހުންނަ އުސް ރެސިޑެންޝަލް ބްލޮކްގައި ލޫސިޑީ ސްކޭލް ކުރަމުން ދަނިކޮށެވެ. އޭނާ ވަނީ ވެއްޓި ޖެހުނުގޮތަށް މަރުވެފައެވެ.

ލުސިޑީ މަޝްހޫރުވެފައި ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އުސް އިމާރާތް ތަކަށާއި ދިގު ސްޓްރަކްޗާރ ތަކަށް އަރާމީހެއްގެ ގޮތުގައެވެ. އޭނާގެ އިންސްޓަގްރާމް ޕޭޖުގައި އެކި ކަހަލަ ބިރުވެރި ސްޓަންޓްތައް ކުރާ އެތައް ވީޑިއޯއެއް ފެންނައިރު، އޭގެ ތެރޭގައި އުސް އިމާރާތް ތަކުގެ ކޮޅުގައި ހުންނަ ޗިމްނީގެ މައްޗަށް އަރާ ވީޑިއޯތައް ފާހަގަ ކޮއްލެވެއެވެ.

 

]]>
Mon, 31 Jul 2023 20:39:54 +0500 ނާއިރާ
ސްޓެލްކޯ ފުޅަނދު: މިނިވަން ދުވަސް ފާހަގަކުރުން https://heerasnews.com/1697 https://heerasnews.com/1697 އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މަލޭގައި ފުޅަނދު ބުރެއް ބާއްވައިފިއެވެ. މިނިވަން ދުވަހާ ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ސްޓެލްކޯ ބައިވެރިވެ ރައްޔިތުން ހިތްހަމަޖެހޭ ފަދަ، ހުށަހެޅުންތަކެއް ހުށަހަޅައި ދެވުނު ދެވުމަކީ ސްޓެލްކޯއަށް ލިބިގެންދިޔަ ވަރަށްވެސް ބޮޑު އުފަލެއްކަމަށް އެކުންފުނިން ބުނެއެވެ.

ސްޓެލްކޯއިން ތަންސީލުކުރި ފުޅަނދުތަކާއި، ކެރެކްޓާރސްތަކަށް ލިބިގެންދިޔަ ތަރުހީބާއި، ކުޑަ ކުދިންނާއި، ރައްޔިތުންގެ މޫނު މަތިން ފެނިގެންދިޔަ އުފާވެރިކަމާއި، ހިތްހަމަޖެހުމަކީ، ފަސްޖެހުމެއްނެތި މިފަދަ ކޮންމެ ކަމެއްގައި ބައިވެރިވުމަށް ލިބޭ ހިތްވަރެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މިފަދަ ކަންކަމުގައި އެ ކުންފުނީގެ މުވައްޒަފުން ދައްކަވަމުންގެންދާ ނަމޫނާއަށް ފަހުރުވެރިވެ ޝުކުރު ވެސް ދަންނަވައެވެ.

]]>
Mon, 31 Jul 2023 20:08:54 +0500 ނާއިރާ
އަންހެނަކަށް މަރުގެ އަދަބު ދީފި https://heerasnews.com/1683 https://heerasnews.com/1683 ގާތްގަނޑަކަށް 20 އަހަރު ފަހުން ފުރަތަމަ ފަހަރަށް ސިންގަޕޫރުން ހުކުރު ދުވަހު އަންހެނަކަށް މަރުގެ އަދަބު ދީފައިވާކަން އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ ސާރިދޭވީ ޖަމާނީ، 45، ގެ މައްޗަށް 2018 ވަނަ އަހަރު 30ގ (1.06އޮޒް) ގެ ހެރޮއިން ޓްރެފިކް ކުރުމުގެ ކުށްވަނީ ސާބިތުވެފައިވެއެވެ

ސިންގަޕޫރުއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ދުނިޔޭގެ އެންމެ ހަރުކަށި ބައެއް ގާނޫނުތައް އޮންނަ ގައުމުގެ ތެރެއިން އެއްގައުމެވެ. އެއީ މުޖުތަމައު ހިމާޔަތް ކުރުމަށް ކޮންމެހެން ތަންފީޒު ކުރަންޖެހޭ ގާނޫނުތަކެއް ކަމަށް އެގައުމުން ބުނެއެވެ.

ސިންގަޕޫރުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގައި މަރުގެ އަދަބު ދޭނީ 500ގ އަށް ވުރެ ގިނަ މަސްތުވާތަކެތި ނުވަތަ 15 ގްރާމް ހެރޮއިން ޓްރެފިކް ކުރާ މީހަކަށް ވާނަމައެވެ.

ސިންގަޕޫރުގެ ސެންޓްރަލް ނާކޮޓިކްސް ބިއުރޯ (ސީއެންބީ) އިން ނެރުނު ބަޔާނެއްގައި ބުނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު މަރުގެ ހުކުމް އިއްވި ސާރިދީވީއަށް ގާނޫނުގެ ދަށުން "ފުލް ޑިއު ޕްރޮސެސް" ދީފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ސާބިތުވި މައްސަލައިގެ އިސްތިއުނާފު އެ ގައުމުގެ އެންމެ މަތީ ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ބާތިލްކޮށްފައެވެ. އޭނާ މަރާލާފައި ވަނީ 2017 ވަނަ އަހަރު 50 ގްރާމްގެ ހެރޮއިން ޓްރެފިކް ކުރި ކަމަށް ސާބިތުވުމުންނެވެ.

]]>
Fri, 28 Jul 2023 16:11:40 +0500 ނާއިރާ
ގިނަ އަދަދެއްގެ ބޮޑުމަސް މަރުވެއްޖެ https://heerasnews.com/1673 https://heerasnews.com/1673 ހުޅަނގު އޮސްޓްރޭލިއާގެ ގޮނޑުދޮށަށް ބޮޑު މަހުގެ ބާވަތެއް ކަމަށްވާ ޕައިލެޓް ވޭލް ގެ 50 އަށް ވުރެ ގިނަ މަސް ލައްގައިފިއެވެ.   

މި ތަކެތި ފުރަތަމަ ފެނުނީ  ޗެއިންސް ބީޗާ 100 މީޓަރު ދުރުން ކަނޑުގެ އައްސޭރިފަށުން އަންގާރަ ދުވަހުއެވެ.  މަންޒަރު ދުށް މީހުން ބުނާ ގޮތުގައި މި މަންޒަރަކީ އާދަޔާ ހިލާފު މަންޒަރެއް ކަމަށްވެއެވެ.

ބޮޑުމަސްތައް ފަޅުތެރޭގައި އަމިއްލައަށް ލައްގަން ފެށުމުން، ޖަނަވާރުތަކުގެ އިދާރާތަކުން ވަނީ އެ މަސްތައް ސަލާމަތް ކުރުމުގެ  މަސައްކަތް ފަށާފައެވެ.

 އަންގާރަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ބޮޑުމަސް މަރުވެފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ދިރިތިބި ބޮޑުމަސްތައް ބުދަ ދުވަހު ކަނޑަށް އަނބުރާ ގެންދިއުމަށް މަސައްކަތް ވަނީ ކޮށްފައެވެ. 

2022 ވަނަ އަހަރު ޓެސްމެނިއާގެ އައްސޭރީގައި 230 ވޭލް އަމިއްލައަށް ގޮނޑުދޮށަށް ވެފައިވާއިރު، 2018 ވަނަ އަހަރު ހުޅަނގު އޮސްޓްރޭލިއާގައި 150 ވޭލް ތާށިވެފައިވެއެވެ.

]]>
Wed, 26 Jul 2023 09:33:52 +0500 ނާއިރާ
ފުރާޅެއް ވެއްޓި 11 މީހަކު މަރުވެއްޖެ https://heerasnews.com/1667 https://heerasnews.com/1667 ޗައިނާގެ އިރުއުތުރުގެ ސްކޫލެއްގެ  އަންހެން ވޮލީބޯޅަ ޓީމަކުންޖިމްނެޒިއަމެއެއް ބޭނުން ކުރަމުން ދަނިކޮށް އެތަނުގެ ފުރާޅު ވެއްޓި 11 މީހަކު މަރުވެއްޖެ ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެފިއެވެ.

އޭގެ ތެރެއިން ގިނަ މީހުންނަކީ ކުޑަކުދިން ކަމަށް މިންޒަރުދުށް މީހުން ލޯކަލް މީޑިއާއަށް ކިޔައިދިން ނަމަވެސް މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހާސްވެފައި ތިބި ބެލެނިވެރިން ވަނީ ކައިރީގައި ހުރި ހޮސްޕިޓަލަކަށް އެއްވެ އަޕްޑޭޓް ހޯދުމަށް އެއްވެފައެވެ. 

ސިނާއީ ޕްރޮވިންސް ހެއިލޮންޖިއަންގްގެ ޖިމް ތެރޭގައި ތިބި 19 މީހުންގެ ތެރެއިން ސަލާމަތްވީ އެންމެ އަށް މީހުންނެވެ. 

ތަހުގީގެއްގައި ދައްކާފައިވާ ގޮތުގައި  ވޮލްކެނިކް ގްލާސް ވައްތަރެއް ކަމަށްވާ ޕަރލައިޓް ފުރާޅުގައި ގަވާއިދާ ހިލާފަށް ފުނިޖައްސާފަ ހުރުމުގެ ސަބަބުން ވާރޭފެނާތެމި ޕަރލައިޓް ފޯވެގެންގޮސް ފުރާޅުވެއްޓުނީކަމަށް ބެލެވެއެވެ.

ހޯމަ ދުވަހުގެ ހެނދުނާ ހަމައަށް ކުރިއަށް ގެންދިޔަ ސަލާމަތް ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން އެކަށީގެންވާ މުއާމަލާތެއް ނެތް ކަމަށް ބުނެ ބެލެނިވެރިން ވަނީ ސްކޫލްގެ އޮފިޝަލުންނާ ސުވާލު ކޮއްފައެވެ.

]]>
Mon, 24 Jul 2023 16:09:02 +0500 ނާއިރާ
165 ގައިދީންނަށް ފައިސާގެ އިނާމާއި މެޑަލް https://heerasnews.com/1663 https://heerasnews.com/1663 ދުބާއީ ޕޮލިހުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ އީ-ފުޓްބޯޅަ މުބާރާތުގައި ދުބާއީގެ 160 އަށް ވުރެ ގިނަ ގައިދީން ބައިވެރިވެ، މީގެން ވަނަތައް ހޯދި ފަރާތްތަކަށް ފައިސާގެ އިނާމާއި މެޑަލް ދިނެވެ.

ގައިދީންނަށް ހާއްސަކޮށްގެން ޕްލޭސްޓޭޝަން ބޭނުންކޮށްގެން ބޭއްވި މުބާރާތް ނިންމާލައިފިއެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ދުބާއީ ޕޮލިސްގެ ޕޮޒިޓިވް ސްޕިރިޓް އިނިޝިއޭޓިވް އިން ނިންމާލީ  ޖެނެރަލް ޑިޕާޓްމަންޓް އޮފް ޕުނިޓިވް އެންޑް ކަރެކްޝަނަލް އެސްޓޭބްލިޝްމަންޓްސް އާއި ވީސްލޭޝް އީސްޕޯޓްސް އާއި ގުޅިގެންނެވެ.

ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ ޗެމްޕިއަނުންނަށް ޝަރަފުވެރި އިނާމްތަކާ މެޑެލް ދިން މި މުބާރާތަކީ ހުރިހާ ގައިދީންގެ މެދުގައި ޕޮޒިޓިވިޓީ އާއި ކުޅިވަރު ކުޅުން ކުރިއެރުވުމަށެވެ.

ޖުމްލަ 165 ގައިދީން ބައިވެރިވި މުބާރާތް އެންމެ ފަހުން ނިންމާލީ އެންމެ މޮޅު ކުޅުންތެރިންނަށް ފައިސާގެ އިނާމާއި މެޑަލް ދީގެންނެވެ.

]]>
Sun, 23 Jul 2023 11:39:54 +0500 ނާއިރާ
ބޮސްދިނުމުން މިއުޒިކް ފެސްޓިވަލެއް ހުއްޓުވާލައިފި https://heerasnews.com/1662 https://heerasnews.com/1662 އިނގިރޭސިވިލާތުގެ ބޭންޑް ދަ 1975 ގެ ލީޑް ލަވަކިޔުންތެރިޔާ މެޓީ ހީލީ މެލޭޝިއާގެ އެންޓި އެލްޖީބީޓީކިޔޫ ގާނޫނުތަކާ ހިލާފުވެ ސްޓޭޖުގައި ބޭންޑް މީހަކަށް ބޮސްދިނުމުން އެގައުމުގައި ބޭއްވި މިއުޒިކް ފެސްޓިވަލް ކެންސަލްކޮށްލައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުއަލަލަމްޕޫރުގައި ބޭއްވި ގުޑް ވައިބްސް ފެސްޓިވަލްގައި ސްޓޭޖުގައި ހިނގި ހާދިސާއާ ގުޅިގެން އެގައުމުގެ ކޮމިއުނިކޭޝަން މިނިސްޓްރީން ވަނީ މި އިވެންޓުގެ ބާކީ އޮތް ތިން ދުވަހުގެ އިވެންޓުތައް ކެންސަލް ކޮށްލާފައެވެ.

މެލޭޝިޔާގައި އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނާ ހިލާފު ކަމެކެވެ. މިކަމުގެ އަދަބަކީ ޖޫރިމަނާ އާއި ގާއިގަޑަކަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ހުކުރު ދުވަހު ބޭންޑުގެ ހެޑްލައިން ޕާފޯމަންސްގައި ސޯޝަލް މީޑިއާގައި ފުޅާދާއިރާއެއްގައި ހިއްސާކުރި ވީޑިއޯއެއްގައިވާ ފާޑުކިޔުންތަކަށް ހީލީ ބުނީ، "ދަ 1975 އަށް ގައުމަކަށް ދައުވަތުދީ، ދެން ޖިންސީ ގުޅުން ހިންގޭނީ ކާކާއެކީ ކަން ކިޔައިދިނުމުގެ ބޭނުމެއް އަހަންނަކަށް ނުފެނޭ" އެވެ.

]]>
Sun, 23 Jul 2023 10:51:34 +0500 ނާއިރާ
އައިއެޗްޖީ ހޮޓާ ފްލޯޓިން ސިޓީ އޮކްސަގަންގައި https://heerasnews.com/1659 https://heerasnews.com/1659 އިނގިރޭސިވިލާތުގެ ހޮޓެލް ކުންފުނި އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސް އިން ސައުދީ އަރަބިއްޔާގެ އައްސޭރިފަށުގެ ސިނާއީ ސިޓީ އޮކްސަގަންގައި ފުރަތަމަ ޕްރޮޕަޓީ އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައިއެޗްޖީ އަކީ ހޮލިޑޭ އިން، އިންޓަކޮންޓިނެންޓަލް، އިންޑިގޯ އަދި ކްރައުން ޕްލާޒާ ފަދަ އައިކޮނިކް ބްރޭންޑްތަކުގެ ފަހަތުގައި ވާ މަޝްހޫރު ނަމެވެ.

އޮކްސަގަން އަޅަނީ ދުނިޔޭގެ އެންމެ ބޮޑު ފްލޯޓިން އިންޑަސްޓްރިއަލް ކޮމްޕްލެކްސްގެ ގޮތުގައިއެވެ. މި ސިޓީ 2023 ވަނަ އަހަރުގެ ނިޔަލަށް 90،000 މީހުންނަށް ދިރިއުޅެވޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ސިޓީއަށް ކަރަންޓް ދޭނީ 100 ޕަސެންޓް ސާފު ހަކަތައިންނެވެ.

ސައުދީ އަރަބިއްޔާގައި 35އަށް ވުރެ ގިނަ ހޮޓަލް ހިންގާ އައިއެޗްޖީ ހޮޓެލްސް އެންޑް ރިސޯޓްސް އިން އޮކްސަގަންގައި ހޮޓެލް އިންޑިގޯ ޕްރޮޕަޓީ 2026 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ 250 ކޮޓަރީގެ މި ހޮޓަލަކީ ފްލޯޓިން ސިޓީގެ ފުރަތަމަ ރެސިޑެންޝަލް ކޮމިއުނިޓީގައި ގާއިމްކުރާ ހޮޓަލެވެ.

އިންޑިގޯ ހޮޓަލަކީ ޕޫލް ލައުންޖަކާއި ކެފޭތަކާއި ހާސްސަ ރެސްޓޯރެންޓް ފަދަ ގިނަ ވަސީލަތްތަކެއް ލިބިގެންދާނެ ލައިފް ސްޓައިލް މަންޒިލެއްގެ ގޮތުގައި ފަރުމާކުރާ ހޮޓަލެކެވެ. އަދި ޕްރޮޕަޓީގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް ސްޕާ އާއި 24 ގަޑިއިރު ފިޓްނަސް ސެންޓަރު ހިމެނޭ ގޮތަށް ޗުއްޓީ ހޭދަކުރުމާއި ދުޅަހެޔޮކަމުގެ ގިނަ ވަސީލަތްތަކެއް ވެސް މިތަނުން ލިބިގެންދާނެއެވެ.

]]>
Sat, 22 Jul 2023 13:16:32 +0500 ނާއިރާ
މަތިންދާ ބޯޓް ޓެކްސީ https://heerasnews.com/1657 https://heerasnews.com/1657 ބްރެޒިލްގެ މަތިންދާބޯޓު އުފައްދާ ކުންފުނި އެމްބްރާޔަ އިން ބުނާ ގޮތުގައި 2026 ވަނަ އަހަރުން ފެށިގެން ޖައްވަށް މީހުން ގެންދަން އުއްމީދުކޮށް އިލެކްޓްރިކް ފްލައިން ޓެކްސީ އުފެއްދުމަށް ސައޯ ޕައުލޯ ކައިރީގައި އާ ފެކްޓްރީއެއް އަޅަން ހަމަ ޖެހިއްޖެއެވެ.

އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި އީވް އިން އުފައްދާ މި މަތިންދާބޯޓު ތަކަކީ ހަ ކަސްޓަމަރުންނަށް ޖާގަ ލިބޭ ކުޑަ ހެލިކޮޕްޓަރެއް ކަހަލަ މަތިންދާބޯޓު ތަކެކެވެ.

އޭގެ ދަތުރެއްގެ އަގަކީ މީހަކަށް 50-100 ޑޮލަރު ކަމަށް ލަފާކުރެވެއެވެ. އީވް އިން ބުނާ ގޮތުގައި މިހާރު ވެސް ގާތްގަނޑަކަށް 3،000 އެއާރ ޓެކްސީގެ އޯޑަރު ވާނެކަމަށެވެ.

އެގޮތުން މިއަހަރު ޕްރޮޓޯޓައިޕްއެއް އެސެމްބްލް ކުރެވޭނެ ކަމަށް އެ މީހުން އުންމީދު ކުރެއެވެ. އެމެރިކާގެ ރެގިއުލޭޓަރުން ދާދި ފަހުން ވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅު އެއަރ ޓެކްސީތައް އެ ތަނަށް ދަތުރުކުރާނެ ޓައިމްލައިނެއް ވެސް އާންމުކޮށްފައެވެ.

ކަސްޓަމަރުންނަށް މާ އަގުބޮޑު އެއްޗަކަށް ނުވެ، ތޮއްޖެހިފައިވާ ސިޓީތަކުގައި ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް އެހީތެރި ވެދޭނެ އެއްޗެއްކަމަށް މަތިންދާބޯޓު ވެގެން ދާނޭކަމަށް އެ ކުންފުނިން ވަނީ ބުނެފައިއެވެ. އަދި އެއީ މުދާ އުފުލުމުގެ ބަދަލެއްގެ ގޮތުގައި ވެސް ދެކެވިފައިވެއެވެ.

ފުރަތަމަ ފްލައިޓް ތަކުގައި ޕައިލެޓެއް ހުއްޓަސް ފަހުން ސެލްފް ޕައިލެޓް ވެހިކަލްތައް ރޯލްއައުޓް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނީގެ ޕްލޭންތަކުގައި އެބަހުއްޓެވެ.

މި އުޅަނދުތަކަކީ %100 ކަރަންޓުން ދުއްވާ އުޅަނދު ތަކަކަށް ވެގެންދާއިރު، އެ އުޅަނދުތަކުން ގޭސް ބޭރު ނުކޮށް ދަތުރުތައް ކުރެވިގެންދާނެވެ.

]]>
Sat, 22 Jul 2023 12:30:14 +0500 ނާއިރާ
މަންމަގެ ހަދިޔާ& 10 ކިލޯގެ ޓޮމާޓޯ ސޫޓްކޭސްއެއް https://heerasnews.com/1654 https://heerasnews.com/1654 އިންޑިއާގެ ބައެއް ހިސާބުތަކުގައި ޓޮމާޓޯގެ އަގު ބޮޑުވަމުންދާ ދަނޑިވަޅެއްގައި މަންމައަކު ވަނީ ދުބާއީގައި ދިރިއުޅޭ އަންހެން ދަރިފުޅަށް އޭނާ ބޭނުންވާ އެންމެ އެކަށީވެގެންވާ ހަދިޔާ ދިނުމަށް އެދިފައެވެ:

"10 ކިލޯ ޓޮމާޓޯ އަންނައިރު ގެންނައްޗޭ ޕްލީޒް"

"އަހަރެންގެ ކޮއްކޮ ދުބާއީން އިންޑިއާއަށް އަންނަނީ ދަރިންގެ ހޫނު މޫސުމުގެ ޗުއްޓީއަށް، އަދި މަންމަ ގާތު ދުބާއީން އެއްޗެއް ބޭނުންތޯ އަހާލުމުން މަންމަ ބުނީ 10 ކިލޯ ޓޮމާޓޯ ގެންނަން. އަދި އެހެންވެ މިހާރު އޭނާ ވަނީ ސޫޓްކޭސްއެއްގައި 10 ކިލޯގެ ޓޮމާޓޯ ޕެކްކޮށްފައި ފޮނުވާލާފައި،" ޓްވިޓާ ޔޫޒަރަކު ލިޔެފައިވެ އެވެ.

އިންޑިއާގެ ބައެއް ހިސާބުތަކުގައި ޓޮމާޓޯގެ އަގު މިދިޔަ ހަފްތާތަކުގެ ތެރޭގައި ހެސްކިޔާފާ ބޮޑު ވަމުން އަންނައިރު ބައެއް ތަންތަނުގައި ކިލޯއެއްގެ އަގު 300 ރުޕީސް (ގާތްގަނޑަކަށް 57 ދިވެހި ރުފިޔާ) އަށް އަރާފައިވެއެވެ. ގިނަ ގައުމު ތަކުގަ ސަގާފީ ކެއުންތަކުގައި، ޚާއްސަކޮށް ކައްކާ ކެއުންތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރާ ޓޮމާޓޯއަކީ އިންޑިއާގެ ގޭބިސީތަކުގެ މައިގަނޑު އެއް ބާވަތެވެ.

 

]]>
Fri, 21 Jul 2023 15:03:51 +0500 ނާއިރާ
އަންހެނެއް ސިންގާއެއް ކަމަށް ޝައްކު ކުރެވޭ ޖަނަވާރެއް ހޯދަނީ https://heerasnews.com/1653 https://heerasnews.com/1653 ޖަރުމަނުގެ ފުލުހުން ދަނީ ބާލިންގެ ބޭރުން ފެނުނު އަންހެން ސިންގާއެއް ކަމަށް ބެލެވޭ އެއްޗެއް ހޯދުމަށް ހެލިކޮޕްޓަރާއި ޑްރޯން އަދި އިންފްރާރެޑް ކެމެރާ ބޭނުންކުރަމުންނެވެ.

މިމަސައްކަތް ކުރަންފެށީ އެހިސާބުން ވަލު ބުޅަލެއްގެ ފަހަތުން އަންހެން ސިންގާއެއް ދުވަމުން ދިޔަތަން ގިނަ ބަޔަކަށް ފެނިގެން ރިޕޯޓު ކުރުމުންނެވެ.

މި ސިންގާ ހޯދުންށް ދެ ހެލިކޮޕްޓަރާއި ފުލުހުންގެ 30 ވެހިކަލާއި 100 ފުލުހުން ހިމެނޭ ކޮންވޯއީއެއް ހިމެނޭ ގޮތަށް ބޮޑު ސަރޗްއެއް ދަނީ ކުރަމުންނެވެ.

މި ވަލު ޖަނަވާރު އައީ ކޮންތާކުން ކަމެއް މި ވަގުތު  ބުނެދޭކަށް ނޭގޭކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވެއެވެ. އަދި ޒޫތަކާއި، ޖަނަވާރު ޕާކްތަކާއި، ޖަނަވާރު ގެންގުޅޭ އެހެނިހެން ތަންތަން ޗެކްކޮށް، ސުވާލުތައް ކުރިނަމަވެސް އެއިން އެއްވެސް ފެސިލިޓީއަކުން މިބާވަތުގެ އެއްވެސް ޖަނަވާރެއް ގެއްލިފައެއް ނުވާކަމަށް އޭނާ ބުނެފައިވެއެވެ.

މިހަބަރު ލިބުމާއެކު ފުލުހުން ވަނީ ބާލިންގެ ބައެއް ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް ގޭތެރޭގައި ތިބުމަށް އަންގާފައެވެ.

 

]]>
Fri, 21 Jul 2023 14:30:18 +0500 ނާއިރާ
ކްރިކެޓް ކުޅުންތެރިއަކު ދީނަށްޓަކާ ކްރިކެޓުން ރިޓަޔަރ https://heerasnews.com/1652 https://heerasnews.com/1652 ޕާކިސްތާނުގެ އުއްމީދީ ޒުވާން ކްރިކެޓް ކުޅުންތެރިއެއް ކަމަށްވާ އައިޝަތު ނަސީމް ވަނީ އިސްލާމްދީނާ އެއްގޮތަށް ދިރިއުޅުން ބައްޓަން ކުރުމުގެ ބޭނުމުގައި ކުޅިވަރުން ރިޓަޔާ ކުރިކަން އިއުލާންކޮށްފައެވެ.

އޭނާވަނީ ޕާކިސްތާން ކްރިކެޓް ތަމްސީލުކޮށް 30 ޓީ20އައިއެސް  އާއި ހަތަރު އޯޑީއައިއެސް މެޗުގައި ދެ ފޯމެޓުގައި ވެސް 369 އަދި 33 ލަނޑު ހަދާފައެވެ.

މިހާރު 18 އަހަރުގެ އުއްމީދީ ކްރިކެޓް ކުޅުންތެރިޔާ ވަނީ އޭނާ ކުޅުން ދޫކޮށްލާކަން ޕާކިސްތާން ކްރިކެޓް ބޯޑަށް އަންގާފައެވެ. ޕާކިސްތާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޭނާ ރިޓަޔާ ކުރަން ނިންމީ އޭނާގެ ދީނީ ޢަޤީދާތަކުގެ ސަބަބުންނެވެ.

"އަހަރެން މިދަނީ ކްރިކެޓް ދޫކޮށްލާފައި އިސްލާމްދީނާ އެއްގޮތަށް ދިރިއުޅުން އުޅެން،" އޭނާ ބުނެފައިވޭއެވެ. އެކަމަކު ބޯޑުން އަދި އެ ޚަބަރު ކަށަވަރު ނުކުރެއެވެ.

 

]]>
Fri, 21 Jul 2023 13:17:55 +0500 ނާއިރާ
ސައުދީ ޕްރޯ ލީގު މިހާރު ރަނގަޅު :ރޮނާލްޑޯ https://heerasnews.com/1644 https://heerasnews.com/1644 ޕޯޗުގަލްގެ ޕަބްލިކޭޝަން އަބޯލާއަށް ހޯމަ ދުވަހު ދިން އިންޓަވިއުއެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މޭޖާ ލީގު ސޮކާއަށް ވުރެ ސައުދީ ޕްރޯ ލީގު މޮޅު ކަމަށް އިއުލާންކޮށްފައެވެ.

މިގޮތަށް އިއުލާންކޮށްފައި ވަނީ ރޮނާލްޑޯގެ އެންމެ ވާދަވެރި ލިއޮނަލް މެސީ އެމްއެލްއެސްގައި ޑޭވިޑް ބެކަމް އިސްވެ ހުންނަ ކްލަބް އިންޓަ މަޔާމީއަށް ބަދަލުވިތާ ދުވަސްކޮޅެއް ފަހުންނެވެ.މި

ދިޔަ އަހަރުގެ ފަހުކޮޅު އަލް ނަސްރާ ގުޅުނު ޕޯޗުގަލްގެ ސުޕަސްޓާ ބުނެފައިވަނީ ޔޫރަޕްގެ ކްލަބަކަށް އަލުން ކުޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"އަހަރެން ޔޫރަޕްގެ ފުޓްބޯޅައަށް އެނބުރި ނުދާނަން، އެކަން ހަނދާނުންވެސް ނައްތާލެވޭނެ — އަހަރެން އެނބުރި އައުމަށް ދޮރު ވަނީ މުޅިން ބަންދުވެފަ"

މިހެން ބުނީ ލިސްބަންގައި ކުޅުނު ޕްރީ ސީޒަން އެކުވެރިކަމުގެ މެޗެއްގައި ލަލީގާގެ ސެލްޓަ ވީގޯ އަތުން 5-0 އިން އަލް ނަސްރު ބަލިވުމުންނެވެ.

ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ އޭނާގެ އުމުރުން 38 އަހަރު ކަމަށާއި އަދި ހަމައެހެންމެ ޔޫރަޕުން ވަރަށް ބޮޑަށް ކޮލިޓީ ގެއްލިއްޖެ ކަމަށެވެ. އެންމެ މޮޅު އެއް ލީގަކީ ޕްރިމިއާ ލީގު ކަމަށާއި އޭނާގެ ނަޒަރުން ބަލާއިރު މިއީ އެހެން ހުރިހާ ލީގުތަކަށް ވުރެ މާ ކުރިއަރާފައިވާ ލީގެއްކަމަށެވެ.

އަދި ސްޕެނިޝް ލީގުގެ ފެންވަރު ގެއްލުނީ ކަމަށާއި ޕޯޗުގަލް އަކީ ލީގުގެ އެއްވަނައެއް ނޫން ކަމަށާއި ޖަރުމަނު ކުޅުންތެރިން ވެސް ވަރަށް ގިނަ ކޮލިޓީސް ގެއްލިއްޖެ ކަމަށެވެ. 

ޔޫއެސްއޭ؟ ނޫން، ސައުދީ ޗެމްޕިއަންޝިޕް ޔޫއެސްއޭއަށްވުރެ މާ ރަނގަޅު ކަމަށެވެ.

އަދި އެއް އަހަރު ތެރޭގައި ގިނަ ޓޮޕް ކުޅުންތެރިން ސައުދީއަށް އަންނާނެ ކަމަށް ވެސް އޭނާ އިތުރަށް ބުންޏެވެ. "އަހަރެއް ފަހުން ސައުދީ ލީގު ތުރުކީ ލީގާއި ޑަޗް ލީގު ފަހަތަށް ޖައްސާލާނެ."

]]>
Wed, 19 Jul 2023 00:08:28 +0500 ނާއިރާ
ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕަށް ޤުރުއާނުގެ ކޮޕީތަކެއް https://heerasnews.com/1643 https://heerasnews.com/1643 ޖިއްދާގެ އިސްލާމީ ބަނދަރު މެދުވެރިކޮށްގެން ފުރައިގެން ދިޔަ ހައްޖުވެރިންގެ ތެރެއިން އެންމެ ފަހުން ދިޔަ ގްރޫޕަށް ހަދިޔާގެ ގޮތުގައި ކީރިތި ޤުރުއާނުގެ ކޮޕީތަކެއް ލިބިފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީން ބުނެފިއެވެ.

ސޫދާނުގެ 2،000 ހައްޖުވެރިންގެ ގްރޫޕަކީ ސައުދީ އަރަބިއްޔާއިން ބަނދަރު މެދުވެރިކޮށް ފުރައިގެން ދިޔަ 6،855 ހައްޖުވެރިންގެ ތެރެއިން އެންމެ ފަހު މީހުންނެވެ. 

އިންޓަވިއު ކުރި މީހުން ކިންގްޑަމްގައި ހޭދަކުރި  ދުވަސްވަރު އެމީހުންނަށް ފޯރުކޮށްދިން ހިދުމަތްތަކަށް ތައުރީފު ކުރި ކަމަށް އެސްޕީއޭ އިން އިތުރަށް ބުނެފައިވެއެވެ.

]]>
Tue, 18 Jul 2023 23:08:34 +0500 ނާއިރާ
ހުޅުމާލެ ސްމާރޓް ޕާކިންގ އޭރިއާގައި ސޯލަރ ޕެނަލް ހަރުކުރުން https://heerasnews.com/1640 https://heerasnews.com/1640 ސްޓެލްކޯ އާއި އާބަންކޯ ގުޅިގެން ހުމާލެ ފެރީ ޓަރމިނަލްގެ ސްމާރޓް ޕާކިންގ އޭރިއާގައި ސޯލަރ ޕެނަލް ހަރުކުރުމުގެ އެއް ބަސްވުމެއްގައި ސޮއެކޮށްފިއެވެ. މިއެއްބަސް ވުމަކީ ދިވެހި ރާއްޖެއަކީ ކަރބަން ފްރީ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރެވޭ މަސައްކަތަކަށް އެ ދެކުންފުނިން އެއްބާރުލުމުގެ ގޮތުން ކުރެވޭ ގިނަގުނަ ކަންތައްތަކެތެރިން ކުރެވުނު ކަމެކެވެ.

މިކަމަކީ ސޯލަރ ހަކަތަ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް ދިނުމަށް ކުރެވުނު ފާހަގަކޮށްލެވޭ ކަމެކެވެ. ސްޓެލްކޯއާއި އާބަންކޯ ގުޅިގެން ހިންގޭ ދެމެހެއްޓެނިވި މިމަސައްކަތުން ވެސް ރާއްޖޭގައި އަންދާ ތެލުގެ ނިސްބަތް ކުދަކުރެވޭނެއެވެ.  

]]>
Mon, 17 Jul 2023 00:11:42 +0500 ނާއިރާ
ލިއޮނަލް މެސީ އިންޓަ މިއާމީ އިން https://heerasnews.com/1639 https://heerasnews.com/1639 އެމެރިކާގެ އެމްއެލްއެސްގެ އިންޓަ މިއާމީ އަށް އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީ ސޮއިކޮށްފިއެވެ.

އުމުރުން 36 އަހަރުގެ މެސީ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން ދޫކޮށްލީ 2022-23 ވަނަ އަހަރުގެ ސީޒަން ނިމުމާ ގުޅިގެންނެވެ.

އިންޓަ މިއާމީގެ ކޯއޯނަރު ޑޭވިޑް ބެކަމް ބުނީ މެސީ ގެނައުމަކީ "ހުވަފެނެއް ހަގީގަތަކަށް ވެގެން ދިޔަ ކަމެއް" ކަމަށެވެ.

އަދި މީގެ ދިހަ އަހަރު ކުރިން މިއާމީގައި އާ ޓީމެއް ބިނާކުރުމުގެ ދަތުރު ފެށިއިރު ހުވަފެން ދެކެމުން އައީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން މި އަޖައިބު ކުރުވަނިވި ސިޓީއަށް ގެނައުން ކަމަށްވެސް ބެކަމް ބުންޏެވެ.

ބެކަމް އިތުރަށް ބުނެފައިވަނީ ލިއޯ ފެންވަރުގެ ކުޅުންތެރިއަކު އޭނާގެ ކްލަބާ ގުޅެމުންދާތީ އެއަށްވުރެ ފަޚުރުވެރި ނުވެވޭނެކަށެވެ. އެކަމަކު ރަނގަޅު ރަހުމަތްތެރިއަކާއި އަޖައިބު ކުރުވަނިވި މީހަކާއި އޭނާގެ ލޯބި އާއިލާ އޭނާގެ އިންޓަ މިއާމީ ކޮމިއުނިޓީއާ ގުޅުމަށް މަރުހަބާ ކިޔުމުން ވެސް ވަރަށް އުފާވާކަމަށެވެ.

"އަހަރެމެންގެ އެޑްވެންޗާގެ ދެން އޮންނަ މަރުހަލާ މިތަނުން ފެށެނީ، އަދި ލިއޯ ދަނޑަށް ނުކުންނަން ތަންދެކެން ކެތް ނުކުރެވޭ."

 

]]>
Sun, 16 Jul 2023 01:29:12 +0500 ނާއިރާ
އިޝްތިހާރެއްގެ ސަބަބުން މުޅި ކިންގްޑަމްގައި ފާޑުކިޔުން https://heerasnews.com/1630 https://heerasnews.com/1630 ފްލައިޓް ތެރޭގައި ބިއޮންޑް ޕްރޮމޯޓް ކުރުމަށް ސައުދީން ކުރި އިޝްތިހާރަކާހެދި ޓްވިޓާގައި ރުޅިވެރިކަމުގެ ރިއެކްޝަންތަކެއް އުފެދިއްޖެއެވެ.

މިހާރު ޑިލީޓްކޮށްފައިވާ ވީޑިއޯ އިޝްތިހާރަކީ ރަސްކަމުގެ ދިދަ އުފުލާ ކުންފުނިން ފަށާފައިވާ ސޯޝަލް މީޑިއާ ކެމްޕޭނެއްގެ ތެރެއިން ސެނެގާލް-އިޓަލީގެ ޓިކްޓޮކްގެ އިންފްލޫއެންސަރު ކަބާނޭ “ކަބީ” ލޭމް އެކު ކުޅެފައިވާ އިޝްތިހާރެކެވެ.

މި އިޝްތިހާރުން ފެނިގެންދަނީ ސައުދީ ފްލައިޓެއްގައި ޓެކް ބޭނުން ކުރާގޮތް ސައުދީ މީހަކަށް ބިދޭސީއަކު ދަސްކޮށްދޭ ތަން ދައްކުވައިދޭ މަންޒަރެވެ.

އެ އިޝްތިހާރު ޓްވިޓާ ޔޫޒަރުންގެ މެދުގައި ރަނގަޅަށް ކުރިށް ނުދިއުމުން ސައުދީން ވަނީ އެ އިޝްތިހާރުގެ ބަދަލުގައި އިރުމަތީ އޭޝިއާގެ ފަސިންޖަރަކު ނިދާލަން މަސައްކަތް ކުރާއިރު ފްލައިޓް އެޓެންޑެންޓް އައިސް އޭނަ ސިއްސައިގެން ދިޔަ މަންޒަރު ފެންނަ އިޝްތިހާރެއް ނެރެފަ އެވެ. ކަބީ އެމީހާއަށް އެހީތެރިވެދެނީ ބިއޮންޑް އިން “ޑު ނޮޓް ޑިސްޓަރބް” ފަންކްޝަން އެކްޓިވޭޓްކޮށްގެންނެވެ.

]]>
Thu, 13 Jul 2023 23:44:16 +0500 ނާއިރާ
”ކިންގް ދަ ލޭންޑް" އަށް ފާޑުކިޔުންތަކެއް ކުރިމަތިވެއްޖެ https://heerasnews.com/1629 https://heerasnews.com/1629 ޖުންހޯ އާއި ޔޫންއޭ ލީޑް ރޯލުން ފެނިގެންދާ ނެޓްފްލިކްސް އިން ސްޓްރީމް ކުރާ ކޭޓީބީސީގެ ކިންގް ދަ ލޭންޑް"  އިން ދާދި ފަހުން ނެރުނު އެޕިސޯޑު ތަކުގައި އަރަބި ސަގާފަތަށް އިހުތިރާމް ނުކުރާތީ ފާޑުކިޔުންތަކެއް ކުރިމަތިވެއްޖެއެވެ.

ޕްރިންސް ސަމީރު ކިޔާ ސަޕޯޓިން ކެރެކްޓަރުން އަނޫޕަމް ޓްރިޕާތީ ފެނިގެންދަނީ ނައިޓް ކްލަބެއްގައި އަންހެނުންނާ އެކު ބަނގުރާ ތަށިތަކެއް ހިފައިގެން މަޖާ ނަގަން ހުނަން ތަނެވެ. އަނެއްބައި މަންޒަރުތަކުގައި އޭނާ ބަނގުރާ ބޮއެގެން ޗެއޮން ސާ ރަންގް އާއި ފާޅުގައި ފްލާރޓް ކުރަމުންދާ މަންޒަރު ފެނެއެވެ. ޝޯގެ ތެރޭގައި އަންހެން ލީޑުން ވެސް ސާމިރަށް "ޕްލޭބޯއީ" ގެ ނަމުން ނަންދެއެވެ.

ބެލުންތެރިން ވަނީ މުސްލިމް ކެރެކްޓަރެއް ޕްލޭބޯއީ އެއްގޮތަށާއި  ބަނގުރާ ބޯމީހެއްގެ ގޮތައް ސިފަކުރުން އެއީ އެމީހުންގެ ދީނީ ޢަޤީދާތަކަށް އިޙްތިރާމް ކުޑަ ކުރާ ކަމެއް ކަމަށް ބުނެ ޝޯ އުފެއްދި ފަރާތްތަކުން މައާފަށް އެދެން ޑިމާންޑްކޮށްފައެވެ.

ޕްރިންސްގެ ކެރެކްޓާ ކުޅެފައިވާތީ އެކްޓަރު ވަނީ އޮންލައިންކޮށް ވެސް ޓްރޯލްކޮށްފައެވެ. އެކަން އެއްފަރާތްކޮށްލާއިރު، އިންޑިއާ މީހަކު އަރަބި ކެރެކްޓަރެއްގެ ރޯލުން ފެނިގެންދާތީ ވެސް އެ ސީރީސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ކިންގް ދަ ލޭންޑް އިން ޝަކުވާތަކަށް ރައްދުދީފައިވާ ގޮތުން ޑްރާމާގައި ފެންނަ ކެރެކްޓަރުންނާއި ސަރަހައްދުތަކާއި ތަންތަނުގެ ނަން ފަދަ ކަންކަމަކީ ޚިޔާލީ ސެޓިންގްތަކެއް ކަމަށާއި، ވަކި ސަގާފަތަކަށް ސަމާސާ ނުވަތަ އޮޅުވާލުމުގެ ވިސްނުމެއްނެތް ކަމަށެވެ. އަދި ޕްރޮޑަކްޝަން ޓީމުން އިން އެކި ސަގާފަތްތަކަށް އިހުތިރާމްކުރާ ކަމަށެވެ. އަދި ބެލުމުގައި އެއްވެސް އުނދަގުލެއް ނުވާނެ ގޮތަށް ޕްރޮޑަކްޝަން އިން އިތުރު ސަމާލުކަމެއް ދޭނެކަމަށެވެ.

]]>
Wed, 12 Jul 2023 23:54:43 +0500 ނާއިރާ
ސްވިޑްން ބަހުން ގުރުއާނުގެ 100،000 ކޮޕީ https://heerasnews.com/1625 https://heerasnews.com/1625 ސްވިޑެން ބަހަށް ތަރުޖަމާކޮށްފައިވާ ގުރުއާނުގެ 100،000 ކޮޕީ ޗާޕުކުރަން ކުވައިތުން ނިންމާފައިވާކަމަށް އިއުލާންކޮށްފިއެވެ.

މި އިސްނެގުމުގައި އިސްކޮށް އުޅުއްވީ ކުވައިތުގެ ބޮޑުވަޒީރު ޝެއިޚް އަހުމަދު ނަވާފް އަލް އަހުމަދު އަލް ސަބާހުއެވެ. އޭނާ ވަނީ ޕަބްލިކޭޝަން ކުރިއަށް ގެންދިއުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.

މި ޕްލޭންގެ މަޤްޞަދަކީ ސްވިޑެންގެ ރައްޔިތުންނަށާއި އެހެން ޖަމާޢަތްތަކަށް ސުލްޙައާއި ހަމަޖެހުމުގެ އިސްލާމީ ރިވެތި މެސެޖު ފޯރުކޮށްދިނުމެވެ.

މި ނިންމުމަށް ނިންމާފައި ވަނީ އަޟްހާ އީދުގެ ފުރަތަމަ ދުވަހު ޖޫން މަހުގެ 28 ވަނަ ދުވަހު އިރާގުގެ ރައްޔިތަކު ސްވިޑެންގައި ޤުރުއާނަށް ފުރައްސާރަކޮށް ހިންގި ހާދިސާއާގުޅިގެންނެވެ.

ސްވިޑެން ބަހުން ތަރުޖަމާކޮށްފައިވާ ޤުރުއާން ޝާއިޢުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެން ދާނެއެވެ. އަދި މި ކޮޕީތައް މުޅި ސްވިޑެންގެ މިސްކިތްތަކާއި، ލައިބްރަރީތަކާއި، ސްކޫލްތަކާއި، އަދި އެހެނިހެން މުއައްސަސާތަކަށް ބަހާލެވިގެން ދާނެއެވެ.

]]>
Tue, 11 Jul 2023 23:31:14 +0500 ނާއިރާ
ނިއުދިއްލީގައި ޖުލައި މަހުގެ އެންމެ ތެތް ދުވަސް ރެކޯޑްކޮށްފި https://heerasnews.com/1614 https://heerasnews.com/1614 ބޯކޮށް ވާރޭވެހި އިންޑިއާގެ ވެރިރަށް ދިއްލީއަށް ޖުލައި މަހެއްގައި މީގެ 40 އަހަރު ތެރޭގަ ވާރޭ ނުވެހޭ ވަރަށް އެއް ދުވަސް ތެރޭގައި ވާރޭވެހިއްޖެ ކަމަށް ކަމާބެހޭ ފަރާތް ތަކުން ބުނެފިއެވެ.

ރިޕޯޓްތަކުގަ ވާގޮތުގައި ވިއްސާރައިގައި ފްލެޝް ފްލަޑްތަކާއި ބިންގަނޑު ކަނޑައިގެން ގޮސް 22 މީހުން މަރުވެފައިވާއިރު، ގިނައީ އުތުރުގެ ސްޓޭޓް ހިމާޗަލް ޕްރަދޭޝް އިންނެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ އާދީއްތަ ދުވަހު ނިއުދިއްލީއަށް 153 މިލިމީޓަރު (6 އިންޗި) ވާރޭ ވެހިފައިވާއިރު، މިއީ 1982 ވަނަ އަހަރަށް ފަހު ޖުލައި މަހުގެ އެންމެ ބޮޑަށް ވާރޭވެހުނު އެއް ދުވަހެވެ.

އާދީތަ ދުވަހު މޫސުމާބެހޭ ޑިޕާޓްމަންޓުން ވަނީ އުތުރުގެ ސްޓޭޓްތައް ކަމަށްވާ ހިމާޗަލް ޕްރަދޭޝް، އުއްތަރަކަންޑު، ޕަންޖާބު އަދި ހަރިޔާނާ އަށް ރެޑް އެލާޓް ނެރެ، އެންމެ ބޮޑު ނުރައްކަލެއް އޮތް ކަމަށް އަންގާފައެވެ. އުއްތަރަ ޕްރަދޭޝް އާއި ހިމާޗަލް ޕްރަދޭޝް އަށް ވެސް ވަނީ ބިންގަނޑު ކަނޑައިގެން ދާނެކަމުގެ އިންޒާރު ދީފައެވެ.

]]>
Mon, 10 Jul 2023 14:13:29 +0500 ނާއިރާ
ތްރެޑްސްއަށް ގާނޫނީ ފިޔަވަޅު އެޅުމުގެ އިންޒާރު ޓްވިޓާއިން https://heerasnews.com/1602 https://heerasnews.com/1602  

އެލޮން މާސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްއާ ވާދަކުރުމުގެ ގޮތުން މި ހަފްތާގައި ތައާރަފްކުރި ދިހަ މިލިއަން ޔޫޒަރުން ހޯދާފައިވާ ޓެކްސްޓް ބެސްޓް އެޕް ތްރެޑްސްއާ ގުޅިގެން ޓްވިޓާއިން ވަނީ މެޓާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.

ޓްވިޓާ ތަމްސީލުކުރާ ވަކީލު އެލެކްސް ސްޕައިރޯ ބުދަ ދުވަހު މެޓާގެ ސީއީއޯ މާކް ޒުކަބާގަށް ފޮނުއްވި ސިޓީއެއްގައި ތުހުމަތުކޮށްފައި ވަނީ ޓްވިޓާގެ ކުރީގެ މުވައްޒަފުން ބޭނުން ކޮއްގެން "ކޮޕީކެޓް" އެޕް އެއްހަދައި ޓްވިޓާގެ ވިޔަފާރީގެ ސިއްރުތަކާއި އެހެނިހެން މައުލޫމާތު ގާނޫނާ ހިލާފަށް ތްރެޑްސް އަން ބޭނުންކުރާ ކަމަށެވެ.

މެޓާގެ ތަރުޖަމާނު އެންޑީ ސްޓޯން ބުރާސްފަތި ދުވަހު ތްރެޑްސްގައި ލިޔެފައިވާ ގޮތުން ތްރެޑްސްގެ އިންޖިނިއަރިން ޓީމުގެ އެއްވެސް މީހަކީ ކުރީގެ ޓްވިޓާ މުވައްޒަފެއް ނޫން ކަމަށެވެ.

މެޓާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މާސްކް ލިޔުއްވާފައި ވަނީ ވާދަވެރިކަމަކީ ރަނގަޅު ކަމެއް ކަމަށާއި މަކަރުހެދުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

 

]]>
Sat, 08 Jul 2023 10:55:52 +0500 ނާއިރާ
އިންޑިއާގެ ޗެޓްރީ މެސީމެނާ އެއްސަފަށް https://heerasnews.com/1600 https://heerasnews.com/1600 އިންޑިއާގެ ފުޓްބޯޅަ ކެޕްޓަން ސުނިލް ޗެޓްރީ ވަނީ ޕެނަލްޓީ ޖަހައިގެން ކުވައިތު ބަލިކޮށް ނުވަ ވަނަ ފަހަރަށް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން ޗެމްޕިއަންޝިޕް (ސާފް) ޗެމްޕިއަންކަން ހޯދައިފައެވެ.

ގާތްގަނޑަކަށް ވިހި އަހަރު ގައުމަށް ހިދުމަތް ކޮށްދީފައިވާ ޗެޓްރީ އަކީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގުވާމީ ގޮތުން  ހަތަރު ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

އޭނާ ވަނީ 142 މެޗުން 93 ސްޓްރައިކް ޖަހާފައި - ގަދަ އެއްވަނަ ނިސްބަތްވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ (200 މެޗުން 123 ގޯލް) ދެވަނަ މަގާމު ނިސްބައިވަނީ 148 މެޗުން 109 ގޯލް ޖަހައިގެން އީރާނުގެ ލެޖެންޑް އަލީ ދާއީ އަދި  ތިންވަނަ މަގާމު ނިސްބައިވަނީ ލިއޮނަލް މެސީ (175 މެޗުން 103 ގޯލް) އަށެވެ.

 

]]>
Thu, 06 Jul 2023 18:14:12 +0500 ނާއިރާ
ރޮބާޓޯ ފިރްމީނޯ ސައުދީ ޓީމް އަލް އަހްލީއާ ގުޅިއްޖެ https://heerasnews.com/1596 https://heerasnews.com/1596 ރޮބާޓޯ ފިރްމީނޯ މި ސީޒަން ނިމުމުން ލިވަޕޫލުން ވަކިވުމާ ގުޅިގެން ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ އަށް ސޮއިކޮށްފިއެވެ.

އުމުރުން 31 އަހަރުގެ ބްރެޒިލް ފޯވާޑް ލިވަޕޫލް ދޫކޮށްލީ އޭނާގެ ކޮންޓްރެކްޓް ހަމަވުމާ އެކުއެވެ.

އަލް އަހްލީއާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ފިރްމީނޯ ވަނީ ލިވަޕޫލަށް 362 މެޗު ކުޅެ 111 ގޯލް ކާމިޔާބުކޮށްދީފައެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ އިނގިރޭސި ކްލަބުގައި ހޭދަކުރި ދުވަސްވަރު ވަނީ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕް އަދި ކަރަބައޯ ކަޕް ކާމިޔާބުކޮށްފައެވެ.

]]>
Wed, 05 Jul 2023 21:57:37 +0500 ނާއިރާ
ވިއެޓްނާމުން އާ ބާބީ މަނާކޮށްފި https://heerasnews.com/1592 https://heerasnews.com/1592 އަލަށްނުކުންނަން އުޅޭ ބާބީ ފިލްމު ސިނަމާތަކުގަ އެޅުވުން ވިއެޓްނާމުން މަނާކޮފިއެވެ. މި ފިލްމު އެޅުވުން މަނާކޮށްފައި ވަނީ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ސަރަހައްދާ މެދު ދައުވާކުރާ މެޕެއް ދައްކާ މަންޒަރު ތަކެއް ފެނިގެން ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެފައިވެއެވެ.

ގްރެޓާ ގޭރްވިގް ޑައިރެކްޓްކޮށް މާގޯ ރޮބީ އާއި ރަޔަން ގޮސްލިންގް ލީޑް ރޯލުން ފެނިގެންދާ މަޝްހޫރު ބާބީ ބުދާ ބެހޭ ފެންޓަސީ ކޮމެޑީ ފިލްމު ވިއެޓްނާމްގައި ރިލީޒް ކުރަން ނިންމާފައި އޮތީ ޖުލައި 21 ގައެވެ.

އެކަމަކު އޭގެ ޕާފޯމަންސް ޝެޑިއުލް ގައުމުގެ ބޮޑެތި ސިނަމާ ޗެއިންތަކުގެ ވެބްސައިޓްތަކުން އުނިކޮށްފައި ވަނީ ނުވަ ޑޭޝް ލައިން ކަމަށް ބުނާ މަންޒަރުތައް ފެނުމުން ފިލްމު މަނާ ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ކަމަށް ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.

ޗައިނާއިން ނުވަ ޑޭޝް ލައިން ކިޔާ ލައިން ބޭނުން ކުރަމުން އަންނަނީ ގިނަ ދުވަސްތަކެއް ވަންދެން ވަސީލަތްތައް މުއްސަނދި ކަނޑުގެ ބޮޑު ބައެއްގެ މައްޗަށް ކުރާ ފުޅާ ދައުވާގައި ހިމެނޭ ސަރަހައްދު ދައްކުވައި ދިނުމުގެ ގޮތުންނެވެ.

 

]]>
Tue, 04 Jul 2023 14:30:23 +0500 ނާއިރާ
30 އަހަރުގެ ފިޓްނަސް އިންފްލޫއެންސަރަކު މަރުވެއްޖެ https://heerasnews.com/1591 https://heerasnews.com/1591 'ޖޯސްތެޓިކްސް' ގެ ނަމުން މަޝްހޫރު ފިޓްނަސް އަށް ލޯބިކުރާ އަދި އިންފްލޫއެންސަރު ޖޯ ލިންޑްނާ އުމުރުން 30 އަހަރުގައި، އެނިއުރިޒަމް ޖެހިގެން މަރުވެއްޖެއެވެ..

އިންސްޓަގްރާމްގައި 8.5 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނާއި ޔޫޓިއުބް ޗެނަލްގައި ގާތްގަނޑަކަށް 500 މިލިއަން ވިއުސް ލިބިފައިވާ މި އިންފްލޫއެންސަރު މަޝްހޫރުވެފައިވަނީ ޓްރެއިނިން ރެޖިމަންޓާއި ޖިމް ވޯކްއައުޓްތަކުގެ ސަބަބުންނެވެ.

އިންސްޓަގްރާމްއިން އޭނާގެ ލޯބިވެރިޔާ ނިޗާ ވަނީ ޖޯއެސްތެޓިކްސް ދުނިޔެ ދޫކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

 

]]>
Tue, 04 Jul 2023 13:45:21 +0500 ނާއިރާ
އުމުރުން 17 އަހަރުގެ ކުއްޖަކުގަޔަށް ފުލުހުން ބަޑިޖަހައި މަރާލިމައްސަލަ އާއްމުވެއްޖެ https://heerasnews.com/1581 https://heerasnews.com/1581 ފުރާވަރުގެ ކުއްޖަކަށް ފުލުހުން ބަޑިޖަހައި މަރާލި މައްސަލައިގައި ދެވަނަ ރެއަކަށް މުޒާހަރާތައް ފެށުމާއެކު ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ރޭ ގާތްގަނޑަކަށް 150 މީހުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފިއެވެ.

 

އިންޓީރިއާ މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ބައެއް ޓައުން ހޯލްތަކާއި ސްކޫލްތަކާއި ޕޮލިސް ސްޓޭޝަންތަކުގައި އަލިފާން ރޯކޮށްފައި ވާއިރު އަނެއްބައި ތަންތަނައް ވަނީހަމަލާދީފައި" ކަމައްވެއެވެ.

 

ޕެރިހުގެ ސަބަރބް ނަންޓެރޭގައި އަންގާރަ ދުވަހު ޓްރެފިކް ހުއްޓުމެއްގެ ތެރޭގައި ފުލުހުން ބަޑިޖަހައި މަރާލި ނައިލް ނަމަކަށް ކިޔާ އުމުރުން 17 އަހަރުގެ ކުއްޖާ މަރުވުމާ ގުޅިގެން ފްރާންސްގެ އާމު ރައްޔިތުން ދަނީ ރުޅިވެރިކަން ފާޅުކުރަމުންނެވެ.

]]>
Fri, 30 Jun 2023 12:54:51 +0500 ނާއިރާ
47 މިލިއަން ޕައުންޑަށް ރުބެން އަލްހިލާލަށް https://heerasnews.com/1568 https://heerasnews.com/1568 ވުލްވްސް އިން ކެޕްޓަން ރޫބެން ނެވޭސް ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަށް ވިއްކާލީ ކްލަބް ރެކޯޑް  އަދަދެއް ކަމަށްވާ 47 މިލިއަން ޕައުންޑަށެވެ.

އުމުރުން 26 އަހަރުގެ ޕޯޗުގަލް މިޑްފީލްޑަރު ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮތްއިރު އޭނާ ވަކިވަނީ މޮލެނާގައި ހަ ސީޒަން ހޭދަކުރުމަށްފަހުގައެވެ.

ނޭވޭސް އަކީ ޔޫރަޕްގެ ކްލަބެއް ދޫކޮށް ސައުދީ އަރަބިއްޔާގެ ޕްރޯ ލީގަށް އެންމެ ފަހުން ގުޅުނު ކުޅުންތެރިޔާއެވެ.

މި މަހުގެ ކުރީކޮޅު ކަރީމް ބެންޒެމާ ރެއާލް މެޑްރިޑް ދޫކޮށް އަލް އިއްތިހާދަށް ބަދަލުވެފައިވެއެވެ.

މިޑްފީލްޑަރު ގޯލޯ ކާންޓޭ ވަނީ މި ހަފްތާގެ ކުރީކޮޅު ޗެލްސީ ދޫކޮށް ފްރާންސްގެ ޓީމް މެޓް ބެންޒެމާއާ ގުޅެން އަލް އިއްތިހާދުގައި އެއްބަސްވެފައެވެ.

ޗެލްސީގެ ކީޕަރު އެޑޫއާ މެންޑީ ވެސް ސައުދީ ޕްރޯ ލީގުގެ އަލް އަހްލީ އަށް ސޮއިކުރުމާ ގާތްވެފައިވާއިރު، މެންޗެސްޓާ ސިޓީގެ ޕޯޗުގަލް މިޑްފީލްޑަރު ބާރްނާރްޑޯ ސިލްވާ އަކީ އަލް ހިލާލްގެ އަމާޒެކެވެ.

]]>
Sun, 25 Jun 2023 22:45:11 +0500 ނާއިރާ
ތަމަޅަ ސުޕަސްޓާ ވިޖޭ އޭނާގެ ފިލްމު ލިއޯގެ ފަސްޓް ލޫކް ޕޯސްޓަރު އުފަންދުވަހު ހިއްސާ ކޮއްފި https://heerasnews.com/1559 https://heerasnews.com/1559 ތަމަޅަ ސުޕަސްޓާ ވިޖޭ ވަނީ އޭނާގެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމު ލިއޯގެ ފަސްޓް ލޫކް ޕޯސްޓަރު ބުރާސްފަތި ދުވަހު ހިއްސާކޮށްފައެވެ. ފޭނުންގެ ނަމުން 'ތަލަޕަތީ' ކިޔާ އެކްޓަރު މި ޕޯސްޓަރު އާންމުކޮށްފައިވަނީ އޭނާގެ 49 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި އެވެ. ލޯކޭޝް ކަނާގަރާޖް ފިލްމުގައި ޓްރިޝާ، ސަންޖޭ ދަތު، އަރްޖުން، ޕްރިޔާ އަނަންދު، ގައުތަމް ވަސުދޭވް މެނޯން، މަންސޫރު އަލީ ހާން، ސޭންޑީ އަދި މިސްކިން ވެސް ފެނިގެންދާނެއެވެ.

އެ ޕޯސްޓަރުގައި ވިޖޭ ގެންގުޅެނީ ލޭ ހޭކިފަހުރި މުގުރު މަރުތޭލެކެވެ. އޭނާގެ މޫނުމަތިން ފެންނަ ކުލަވަރުން ސްކްރިޕްޓްގެ ބާރުގަދަކަމުގެ ވާހަކަ ދައްކައެވެ. 

]]>
Fri, 23 Jun 2023 23:37:36 +0500 ނާއިރާ
ޓައިޓަން ސަބްގައި ދަތުރުކުރި ފަސް މީހުން މަރުވެއްޖެ https://heerasnews.com/1555 https://heerasnews.com/1555 ޓައިޓެނިކް ބޯޓުއޮތް ދިމާލަށް ދިޔުމަށް ކުރި 10 ގަޑިއިރުގެ ދަތުރު ނިމިގެން ދިޔައީ ހަދާނުން ފިލައިގެން ނުދާނެ ބޮޑު ކާރިސާއެއްގެ ގޮތުގައެވެ. އެމެރިކާގެ ކޯސްޓްގާޑުން ވަނީ "ޓައިޓަން" ގެ ނަމުން މަޝްހޫރު ސަބްމަރސިބަލްގައި ތިބި ފަސް މީހުންވެސް މަރުވެފައިވާކަން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފައެވެ.

ސާޗް ޓީމުތަކަށް ވަނީ ޓައިޓަން ސަބްމަރސިބަލްގެ އެތިއެތިކޮޅުތައް އުތުރު އެޓްލާންޓިކް ކަނޑުގެ ގާތްގަނޑަކަށް 13،000 ފޫޓު ފުންމިނުން ފެނި ބޯޓުގައި ތިބި މީހުން މަރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. މި ހާދިސާ މެދުވެރިވާން ދިމާވި ސަބަބަކަށް ބެލެ ވެނީ "ކެޓަސްޓްރޯފިކް އިމްޕްލޯޝަން" ނުވަތަ ކުދިކުދި އެތިއެތި ކޮތަޅުތަކަށް ބޯޓު ފަޅައިގެން ދިއުމުންނެވެ.

މި ބޯޓުގައި ތިބި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ޓުއާ އޮޕަރޭޓަރުގެ ސީއީއޯ އާއި އިނގިރޭސި ވިޔަފާރިވެރިއަކާއި ފްރާންސްގެ މަޝްހޫރު ޑައިވަރެއްގެ އިތުރުން ޕަކިސާތާނީ ބިލިއަނަރަކާއި އޭނާގެ ދަރިފުޅުއެވެ.

]]>
Fri, 23 Jun 2023 23:36:07 +0500 ނާއިރާ
ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ https://heerasnews.com/1531 https://heerasnews.com/1531 ފިލިޕީންސްގެ ބޯހޯލް ރަށްއިންނަ ސަރަހައްދުން 120 މީހުން ގޮވައިގެން ދިޔަ ބޯޓެއްގައި އަލިފާން ރޯވެފައިވާ ކަމަށް އެގައުމުގެ ކޯސްޓްގާޑުން އާދީއްތަ ދުވަހު ބުނެފިއެވެ.

ފިލިޕީންސްގެ ކޯސްޓްގާޑުން ހިއްސާކުރި ވީޑިއޯތަކުން ފެންނަ ގޮތުގައި އެމްވީ އެސްޕެރަންޒާ ސްޓާގެ ފަހަތުން ކަޅު ދުންގަނޑަކާއި އެކު އަލިފާންގަނޑެއް ރޯވެފައިވެއެވެ.

ކޯސްޓްގާޑުން ބުނަނީ ބޯޓުން ދަތުރުކުރި 120 މީހުންނާއި ފަޅުވެރިން މިހާރުވަނީ ސަލާމަތް ކުރެވިފައިވާ ކަމަށެވެ. މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފައި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށްވެސް ބުނެއެވެ.

ފޭސްބުކްގައި ކޯސްޓްގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގައުމުގެ ރެސްކިއު ބޯޓުތައް ބޯހޯލްގެ ޕަންގްލާއޯގެ ކަނޑުގެ ސަރަހައްދުގައި މަޑުކޮށްގެން މިހާލަތު މޮނިޓަރ ކުރަން ތިބޭނެ ކަމަށެވެ.

 

 

 

]]>
Sun, 18 Jun 2023 22:39:15 +0500 ނާއިރާ
ކެމްބޯޑިއާގައި ދެކުނު ކޮރެއާގެ އިންފްލޫއެންސަރެއް މަރާލި ކަމުގެ ދައުވާ ޗައިނާ ދެމަފިރިއަކަށް https://heerasnews.com/1523 https://heerasnews.com/1523 ޗައިނާގެ ދެމަފިރިއެއްގެ މައްޗަށް ކެމްބޯޑިއާގެ ކޯޓެއްގައި ދައުވާކޮށްފައި ވަނީ އެމީހުންގެ ކްލިނިކުގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ކަމަށް ބުނާ ދެކުނު ކޮރެއާގެ އިންފްލޫއެންސަރެއް މަރާލި މައްސަލާގައެވެ.

ބީޖޭ އަހްޔޮންގްގެ ހަށިގަނޑު ކެމްބޯޑިއާގެ ވެރިރަށް ފްނޮމްޕެންގެ ބޭރުގައި އެއްލާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ ހަފްތާގައެވެ. 

މަރާލިކަމަށް ތުހުމަތުކުރާ ދެމަފިރިން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު ދޫކޮށްލީ ސިޓީގައި ހުންނަ އެމީހުންގެ ބިއުޓީ ކްލިނިކުން ފަރުވާ ހޯދަމުން ދަނިކޮށް ކުއްލި ޝޮކަކަށް ގޮސް މަރުވުވުމުންނެވެ.

އެކަމަކު ޕީޖީން ވަނީ އެމީހުންގެ ވާހަކަ ދޮގުކޮށްފައެވެ.

ޕީޖީ އިން ބުނާގޮތުގައި ލައި ވެންޝާއޯ އާއި ކައި ހުއިޖުއާންގެ މައްޗަށް އުފުލާފައިވަނީ "އަނިޔާކުރުމާއެކު މީހަކު މަރާލުމުގެ" ދައުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ރަތް ފޮތިގަނޑެއްގައި އޮޅާލައިވަނިކޮށެވެ.

ބީޖޭ އަހިއޮންގް އަކީ ދެކުނު ކޮރެއާގެ ވީޑިއޯ ސްޓްރީމިން ސާވިސްއެއް ކަމަށްވާ އަފްރީކާޓީވީގެ އިންފްލޫއެންސަރެކެވެ. އަދި އޭނާގެ އިންސްޓަގްރާމްގައި 260،000 އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

އެ ދެމަފިރިންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އުމުރަށް ޖަލަށްލުމުގެ ހުކުމެއް އަންނާނެއެވެ.

]]>
Thu, 15 Jun 2023 14:12:34 +0500 ނާއިރާ
ކޮންކޯގެ ކޭމްޕެއްގައި 46 މީހުން މަރުވެއްޖެ https://heerasnews.com/1519 https://heerasnews.com/1519 ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގެ ޑިސްޕްލޭސްމަންޓް ކޭމްޕެއްގައި 46 މީހުން މަރުވެ ހަ މީހަކު ޒަހަމްވެފައިވާ ކަމަށް އެގައުމުގައި ތިބި އޮބްޒާވަރުންގެ ނެޓްވޯކުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި 23 ކުޑަކުދިން ހިމެނޭ ކަމަށް އޮބްޒާވަރުން ބުނެއެވެ. 

ސެކިއުރިޓީ ޓްރެކަރ އަކުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު ހަތިޔާރުއެޅި ގްރޫޕް " ކޯޑެކޯ" އިން ދިން ހަމަލާއަކާއި ގުޅިގެން ޖުގޫ ސަރަހައްދުގައި ކަމަށެވެ.

ކިވޫ ސެކިއުރިޓީން ބުނިގޮތުގައި މި ހަމަލާއަކީ މިފަދަ ނުރައްކާތެރި ހަމަލައެއް ނުދޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އެ ސަރަހައްދުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. މި ޤަތުލުއާންމަކީ ހަތިޔާރު އެޅި އެހެން ޖަމާއަތްތަކުން ހިންގި އެކިއެކި އަނިޔާވެރި އަމަލުތަކުގެ ބަދަލު ހިފުމެއް ކަމަށް ވެދާނެކަމަށްވެއެވެ.

މޮނޫސްކޯއިން ވަނީ ތަހުގީގް އަވަސްކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކޮންގޯގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ކޮންގޯ ސަރުކާރުން ވެސް ވަނީ އެ ހަމަލާ ކުށްވެރިކޮށް، އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން އިޓޫރީގެ ސަލާމަތީ ކަންކަން އަލުން ގާއިމް ކުރުމަށް ވައުދުވެފައި ވާ ކަމުގެ ޔަގީންކަން ދީފައެވެ.

 

 

 

]]>
Tue, 13 Jun 2023 22:49:04 +0500 ނާއިރާ
މަރުވެގެން ސަންދޯކުއެޅި އަންހެނަކު ތެދުވެއްޖެ https://heerasnews.com/1516 https://heerasnews.com/1516 އިކުއެޑޯގައި އުމުރުން 76 އަހަރުގެ ބެލާ މޮންޓޯޔާ ނަމަކަށް ކިޔާ އަންހެނަކު މަރުވެފައިވާ ކަމަށް އިއުލާން ކުރިތާ ހަތަރު ގަޑިއިރު ފަހުން ހޭވެރިކަންވެއްޖެއެވެ. މި ހާދިސާ ހިގައިފައި ވަނީ މެޑިކަލް އެގްޒެމިނަރަކު އޭނާގެ މަރު ސާބިތުކޮށް ސެޓްފިކެޓްދީ ސަންދޯކަށް ލާފައި އޮއްވައެވެ.

މައުލޫމާތު ލިބޭގޮތުގައި ގޮތުގައި މޮންޓޯޔާއަށް ޖެހުނު ބައްޔަކީ ކާޑިއޯ ރެސްޕިރޭޓަރީ އެރެސްޓްއެވެ. މީގެސަބަބުން ހަށިގަޑުގެ މަސައްކަތް ކުރުމާއި ނޭވާލުން ލަސްކޮލައެވެ. އެހެންކަމުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް އޭނާ ވަނީ މަރުވެފަކަން ގަބޫލު ކުރެވުނެވެ.

މޮންޓޯޔާއަށް މިހާރު އަންނަނީ އޭނާ މަރުވެފައިވާ ކަމަށް އިއުލާންކުރި ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އޭނާގެ ދަރިފުޅު ބުނާ ގޮތުގައި އޭނާގެ ހާލު މިހާރު ރަނގަޅެވެ.

 

 

]]>
Mon, 12 Jun 2023 23:54:39 +0500 ނާއިރާ
ފުލައިޓުގެ ތެރޭގައި ހޭނެތުނު ކުއްޖަކު މަރުވެއްޖެ. https://heerasnews.com/1515 https://heerasnews.com/1515 ފުލައިޓުގެ ތެރޭގައި ހޭނެތުނު ކުޑަ ކުއްޖަކު މަރުވެއްޖެއެވެ. މިހާދިސާ ހިގައިފައި ވަނީ އާދީއްތަ ދުވަހު ޓާކިޝް އެއާރލައިންސްގެ ފްލައިޓް ޓީކޭ003 އިސްތަންބޫލުން ނިއުޔޯކަށް ދިޔަ މަގުމަތީގައެވެ. އެ ފްލައިޓުން ދަތުރުކުރި 11 އަހަރުގެ ކުުޑަ ކުއްޖަކު ހޭނެތިގެންނެވެ.

ކުއްޖާ ހޭނެތުމުން ފުލައިޓް ވަނީ ބުޑަޕެސްޓްގައި ކުއްލި ގޮތަކަށް ޖައްސާފައެވެ. ބޯޓު ޖެއްސުމާއި އެކު އެއާރޕޯޓްގެ މެޑިކަލް ސާވިސް ސްކްރެމްބްލްކޮށް އެ ތަނަށް ގެންގޮސް އަވަސް ފަރުވާ ދިން ނަމަވެސް ކުއްޖާ ސަލާމަތެއް ނުކުރެވުނެވެ.

]]>
Mon, 12 Jun 2023 23:12:43 +0500 ނާއިރާ
މަދީނާއިން ހައްޖު ސީޒަނުގެ ތައްޔާރީތައް ނިންމާލައިފި https://heerasnews.com/1500 https://heerasnews.com/1500 2023 ވަނަ އަހަރުގެ ހައްޖު ސީޒަނުނައި ހައްޖުވެރިންނަށް ވީހާވެސް ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މަދީނާގެ ކަމާބެހޭ ފަރާތްތަކުން އޮޕަރޭޝަނަލް ޕްލޭން ލޯންޗުކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތް ތަކުން ބުނެފިއެވެ.

މަދީނާ މުނިސިޕަލްޓީން ބުނެފައި ވަނީ މި އޮޕަރޭޝަންލް ޕްލޭންގެ ދަށުން މާކެޓްތަކާއި ވިޔަފާރި މަރުކަޒުތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކޭޓަރިން ބަދިގެތައް މޮނިޓަރކޮށް ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަން ކޮންޓްރޯލްކޮށް ރަނގަޅު ކުރުމަށް އެހީތެރިވުމަށް 9900 އަށް ވުރެ ގިނަ މީހުން ވަޒީފާއަށް ނެރެ 800 އަށް ވުރެ ގިނަ ސާމާނު ފޯރުކޮށްދީފައި ވާނޭ ކަމަށެވެ.

 އަދި މަތީ ފެންވަރުގެ ސާފުތާހިރުކަމާއި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހައިވޭތަކުގައި ހުންނަ ގޭސް ސްޓޭޝަންތަކާއި ސާވިސް ސެންޓަރުތަކުގެ އިތުރުން ބޯކޮށާ ތަންތަނާއި ބިއުޓީ ސެލޫންތަކާއި މަގުމަތީގައި ވިޔަފާރިކުރާ ފަރާތްތައް މޮނިޓަރކޮށް މެދުނުކެނޑި ސާފުކުރުމުގެ ގޮތުން ސްޓިރިލައިޒް ކުރުމުންވެސް ހިމެނޭނެއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނަނީ އެމީހުންގެ އޮޕަރޭޝަނަލް ޕްލޭންސްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ސިޓީ ސެންޓަރާއި މީހުން ދިރިއުޅޭ އަވަށްތަކާއި މިސްކިތްތަކާއި އެތަންތަނުގެ ވަށައިގެންވާ ސަރަހައްދުތަކާއި ތާރީހީ އިސްލާމީ ތަންތަނާއި މާރުކޭޓް ތަކަށެވެ.

]]>
Thu, 08 Jun 2023 12:24:25 +0500 ނާއިރާ
ޒްލަޓަން އިބްރަހިމޮވިޗް ރިޓަޔަރވެއްޖެ https://heerasnews.com/1489 https://heerasnews.com/1489 ސީޒަނުގެ އެންމެ ފަހު މެޗަށް ފަހު އާދީއްތަ ދުވަހު ސެންސިރޯގެ ސަޕޯޓަރުންނާ ވާހަކަ ދައްކަމުން ޒްލަޓަން އިބްރާހިމޮވިޗް ވަނީ އޭނާ ފުޓްބޯޅައާ އަލްވަދާއު ކިޔައިފިކަން އިއުލާން ކޮއްފައެވެ. ފުޓުބޯޅައަށް އަލްވަދާއު ކިޔަސް ސަޕޯޓަރުންނާ ދުރައްނުދާނެކަން ވެސް އޭނަ ވަނހާމަކޮއްފައެވެ.

އޭނާ ވަނީ ޕެރިސް ސެއިންޓް ޖާރމެއިން، މެންޗެސްޓާ ޔުނައިޓެޑް އަދި އޭސީ އަދި އިންޓަ މިލާން ފަދަ ކުލަބުތަކަށް 511 ގޯލް ޖަހައި ހަތަރު ގައުމެއްގެ ލީގު ތަށި ހޯދައިފައެވެ. އަދި މީގެއިތުރުން ބެލޮންޑިއޯ އަށް 11 ފަހަރު ނޮމިނޭޓް ވެސް ވެފައެވެ.

ފޯވާޑް ރިޓަޔާ ވިއިރު އޭނާއަށް ވަނީ 122 މެޗުއްގައި ބައިނަލްއަގުވާމީ ގޮތުން 62 ގޯލު ޖަހައިގެން ސްވިޑެންގެ މިހާތަނަށް  އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

ޒްލަޓަން އިބްރާހިމޮވިޗް އޭނާގެ ފުޓުބޯޅައިގެ ހަޔާތް ސިފަ ކުރަމުން ބުނެފައި ވަނީ "އަހަރެން މުޅި އުމުރު ދުވަހު މިކަން ކުރަމުން މިއައީ. ފުޓްބޯޅަ އަހަރެން ފިރިހެނަކަށް ހެދީ. ދުވަހަކުވެސް ހަޔާތުގައި ނުދަންނަ އެތައް މީހުން ދަސްވި . އަހަރެން ދުނިޔެ ދަތުރު ކުރަން ލިބުނީ ފުޓްބޯޅައިގެ ސަބަބުން. މި ހުރިހާ ކަމެއްވީ ފުޓްބޯޅައިގެ ސަބަބުން" ކަމަށެވެ.

 

 

 

 

 

 

 

]]>
Mon, 05 Jun 2023 17:05:56 +0500 ނާއިރާ
އިންޑިއާގެ މިނިސްޓަރަކު ދަތުރުކުރި ފްލައިޓެއް ކުއްލި ގޮތަކަށް ޖައްސައިފި https://heerasnews.com/1486 https://heerasnews.com/1486 އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޯ ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް ރަމޭޝްވާ ޓެލީ އާއި ބީޖޭޕީގެ އެމްއެލްއޭ މެންބަރަކު ދަތުރުކުރި  އިންޑިގޯގެ ފްލައިޓެއް ގުވާހާޓީ އެއާޕޯޓުގައި ކުއްލި ގޮތަކަށް ޖައްސައިފިއެވެ.

އިންޑިގޯގެ ފްލައިޓެއް ގުވާހާޓީގެ ލޮކްޕްރިޔާ ގޯޕީނާތު ބޯޑޮލޮއި އިންޓަނޭޝަނަލް އަށް ކުއްލިގޮތަކަށް ދަތުރު ބަދަލު ކޮއްފައި ވަނީ އެ ބޯޓުގެ ޕައިލެޓުން އެ ބޯޓުގެ އިންޖީނަށް ގޮތެއްވެއްޖެކަމަށް އިއުލާން ކުރުމަށް ފަހުގައެވެ.

ޔޫނިއަން މިނިސްޓަރު އޮފް ސްޓޭޓް ފޯ ޕެޓްރޯލިއަމް އެންޑް ނެޗުރަލް ގޭސް ރަމޭޝްވާ ޓެލީ އާއި ބީޖޭޕީގެ ދެ މެމްބަރުން ވެސް ހިމެނޭ ގޮތުން އެ ފްލައިޓުގައި 150 އަށް ވުރެ ގިނަ ފަސިންޖަރުން ދަތުރުކުރަމުން ދިޔައެވެ. އެ މަތިންދާބޯޓު ޖެއްސުމާއެކު ވަނީ އިންސްޕެކްޓް ކުރަން ފަށާފައެވެ. އަދި ތަފްސީލީ އިންސްޕެކްޝަނަށް އިންޑޮނޭޝިއާގެ އެއާޕޯޓުގައި ބޯޓު ވަނީ މަޑުކޮއްފައެވެ.

މިދިޔަ މަހު އިންޑިގޯ އެއާރލައިންސްގެ އެހެން ފްލައިޓެއްގެ ކެބިން ތެރެއިން އަނދާ ވަހެއް ދުވުމުގެ ސަބަބުން ޑައިވަރޓްކޮށްފައި ވެސް ވެއެވެ. 

މިއަހަރުގެ ކުރީކޮޅު ސޫރަތު ފެށިގެން ދިއްލީއަށް ދަތުރުކުރި އިންޑިގޯ މަތިންދާބޯޓެއް މައްޗަށް އެރުމުގެ ތެރޭގައި ދޫންޏެއް ޖެހުމުން އަހުމަދުއާބާދަށް ޑައިވަރޓްކޮށްފައިވާ ކަމަށް ޑީޖީސީއޭ އިން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވެއެވެ.

]]>
Sun, 04 Jun 2023 16:41:33 +0500 ނާއިރާ
ތިން ރޭލެއް ޖެހި 280 އަށް ވުރެ ގިނަ މީހުން މަރުވުން https://heerasnews.com/1483 https://heerasnews.com/1483 އިންޑިއާގެ އިރުމަތީ އޮޑިޝާ ސްޓޭޓުގައި 3 ރޭލެއް ޖެހި ހިގި އެކްސިޑެންޓުގައި 288 މީހުން މަރުވެ 1،000 މީހުން ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

މި ހާދިސާ ހިގައި ދިޔަގޮތަކީ ޝާލިމާ-ޗެންނާއީ ކޮރޮމަންޑެލް އެކްސްޕްރެސްގެ ބައެއް ގާޑިޔާތައް ބަލަސޯރު ޑިސްޓްރިކްޓްގެ ރޭލު މަތިން ފުރޮޅާލައިގެން ގޮސް ސްޓޭޝަނަރީ މުދާ ރޭލެއްގައި ޖެހި، އޭގެ ބައެއް ބައިތަށް އިދިކޮޅު ޓްރެކަށް ގޮސް ޔެސްވަންތްޕޫރުން ހައުރާއަށް ދަތުރުކުރި ހައުރާ ސުޕަރ ފާސްޓް އެކްސްޕްރެސް  ފުނޑުފުނޑުވެފައިވާ ރޭލުގެ ބައިތަކުގައި ޖެހުމެވެ.

މިއީ އިންޑިއާގެ ރޭލްވޭގެ ތާރީހުގައި ވެސް އެންމެ ގިނަ މީހުން މަރުވި ތިން ވަނަ އެކްސިޑެންޓްއެވެ. ސްޓޭޓްގެ ޗީފް ސެކްރެޓަރީ ވިދާޅުވީ 200 އަށް ވުރެ ގިނަ އެމްބިއުލާންސް އާއި އެތައް ސަތޭކަ ޑޮކްޓަރުންނާއި ނަރުހުންނާއި ރެސްކިއު ޕާސަނަލްސް އެތަނަށް ފޮނުވާފައިވާ ކަމަށެވެ.

ތާށިވެފައި ތިބި މީހުންނާއި އަދި ޒަހަމްވި ހުރިހާ ފަސިންޖަރުން މިހާރު ވަނީ ސަލާމަތްކޮށްފައިއެވެ. 

އަވަށްޓެރި ރަށްރަށުގެ ރައްޔިތުން އެންމެ ފުރަތަމަ އެކްސިޑެންޓް ހިނގި ތަނަށް ގޮސް ސަލާމަތީ މަސައްކަތް ފެށި މީހުންގެ ތެރޭގައި ހިމެނެއެވެ.

އިންޑިއާ ރޭލުނެޓްވޯކްއަކީ ދުވާލަކު އެތައް މިލިއަން ފަސިންޖަރުންނެއް ބޭނުންކުރާ ރޭލު ނެޓްވޯކް އޮތް ދުނިޔޭގެ އެންމެ ބޮޑު އެއް ނެޓްވޯކުއެވެ.

 

]]>
Sat, 03 Jun 2023 15:59:25 +0500 ނާއިރާ
ޕްރިންސް ވިލިއަމް ޔޫޓިއުބްއާއި އެކު ޕާޓްނަރޝިޕް ހަދަނީ https://heerasnews.com/1479 https://heerasnews.com/1479 ޕްރިންސް ވިލިއަމް އޭނާގެ އާރތްޝޮޓް ޕްރައިޒް ކޮންޓެންޓް އުފެއްދުމަށް ޔޫޓިއުބާއި އެކުގައި ރަސްމީކޮށް ޕާޓްނަޝިޕް ހަދާފައިވާކަން އިއުލާންކޮށްފިއެވެ.

އުމުރުން 40 އަހަރުގެ ޕްރިންސް އޮފް ވޭލްސް ވަނީ 'ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ގޮންޖެހުންތަކަށް އާދަޔާ ހިލާފު ހައްލުތަކެއް ހޯދުމަށް' 2020 ވަނަ އަހަރު އާރތްޝޮޓް އިނާމު ގާއިމްކޮށްފައެވެ.

މިހާރު އިއުލާން ކޮށްފައިވާ ގޮތުގައި، ދެ އަހަރުގެ ޕާޓްނަޝިޕެއްގެ ތެރެއިން، ދަ އާރތްޝޮޓް ޕްރައިޒް އިން ޔޫޓިއުބްއާ ގުޅިގެން މަސައްކަތް ކުރާނީ 'ދުނިޔޭގެ އެކި ކަންކޮޅު ތަކުން އަވަސް އަދި ވަރަށް އުންމީދީ ވާހަކަ ތަކާއެކު މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޔޫޒަރުން ޝައުގުވެރި ކުރާ' ކޮންޓެންޓް އުފެއްދުމެވެ.

ކޮންޓެންޓްގެ ތެރޭގައި ހިމެނެނީ ކުދިކުދި ޑޮކިއުމެންޓްރީ ތަކާއި ޔޫޓިއުބް ޝޯޓްސް އާއި ކްރިއޭޓަރުންގެ ކޯލަބްރޭޝަންތަކުގެ އެވޯޑްތައް ލިބޭ ފައިނަލިސްޓުންނާއެކު ސުވާލާއި ޖަވާބުތަކެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ މެދު ޝައުގުވެރިވާ ޒުވާން އަދި ބައިނަލްއަގްވާމީ ބެލުންތެރިންނާ ހަމައަށް އިނާމު ފޯރުކޮށްދިނުމަށް ވެސް އެ ޖަމިއްޔާއިން މަސައްކަތް ކުރާނެއެވެ.

ވިލިއަމްގެ އެންވަޔަރަންމަންޓަލް އެވޯޑް މިފަހަރު އޮތީ މި އަހަރުގެ ފަހުކޮޅު ސިންގަޕޫރުގައެވެ. މި އިވެންޓުގެ ތެރެއިން ދަ އާރތްޝޮޓް ޕްރައިޒް 2023 ގެ ފަސް ފަރާތަކަށް އެއް މިލިއަން ޕައުންޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

]]>
Fri, 02 Jun 2023 21:04:46 +0500 ނާއިރާ
އުތުރު ކޮރެއާގެ ޖާސޫސީ ސެޓެލައިޓް ކަނޑަށް ވެއްޓިއްޖެ https://heerasnews.com/1474 https://heerasnews.com/1474 އުތުރު ކޮރެއާއިން އެގައުމުގެ ފުރަތަމަ ޖައްވީ ސެޓެލައިޓް މައްޗަށް ފޮނުވަން ރާވާފައި ވަނިކޮށް އެކްސިޑެންޓެއް ހިނގައި ކަނޑަށް ވެއްޓިއްޖެއެވެ.

ސެޓެލައިޓު ފޮނުވާލަން ރާވާފައިވަނީ އެމެރިކާގެ އަސްކަރީ ހަރަކާތްތައް މޮނިޓަރ ކުރުމަށް ޖޫން މަހުގެ 11 ވަނަ ދުވަހު ކަމަށް ޕިއޮންގްޔަންގުން ކުރިން އިއުލާން ކޮއްފައިވެއެވެ.

އެ ގައުމުން މިހާރު ބުނަމުން އަންނަނީ ވީހާ ވެސް އަވަހަކަށް ދެވަނަ ފަހަރަށް ލޯންޗު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އަސްކަރީ ސެޓެލައިޓްތައް ތަރައްގީ ކުރުން އެއީ އޭނާގެ ގައުމުގެ ދިފާއީ ދާއިރާގެ މުހިންމު ބައެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ.

]]>
Wed, 31 May 2023 17:53:29 +0500 ނާއިރާ
މުޒާހަރާ ކުރި 1500 މީހުން ހައްޔަރުކޮއްފި https://heerasnews.com/1469 https://heerasnews.com/1469 ނެދަރަލޭންޑްސްގައި އެކްސްޓިންކްޝަން ރިބެލިއަން އިން އިންތިޒާމްކޮށްގެން ފޮސިލް ފިއުލް ސަބްސިޑީތައް ހުއްޓާލުމަށް ގޮވާލާ މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށް ފިއެވެ. މޫސުމާބެހޭ މި މުޒާހަރާގައި ބައިވެރިވި 1500 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރީ ހޭގްގް ގެ ބޮޑު މޮޓޯވޭއެއް ބަންދު ކުރުމަށް ފަހުގައެވެ. 

އެއްވެ ތިބި މީހުން ރޫޅާލަން މަސައްކަތް ކުރުމަށް ފުލުހުން ބޭނުންކުރީ ފެން ބޮމެވެ. އެކަމަކު މުޒާހަރާގައި ބައިވެރިވި ގިނަ ބަޔަކު ތިބީ ވިސްސާރަކޯޓާއި ސްވިމްސޫޓް ލައިގެން މިކަހަލަ ހުރިހާ ކަމަކަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހައްޔަރުކުރި ގިނަ މީހުން ދޫކޮށްލި ނަމަވެސް 40 މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ހޮނިހިރު ދުވަހު އޮތް މޫސުމާބެހޭ މި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި ޑަޗް މަޝްހޫރު ބައެއް ފަރާތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޓީވީ ސީރީޒް ގޭމް އޮފް ތްރޯންސްގައި މެލިސަންޑްރޭގެ ރޯލުން މަޝްހޫރު ވެފައިވާ ބަތަލާ ކެރިސް ވެން ހައުޓެން ހިމެނެއެވެ. ކެރިސް ހައްޔަރުކުރި ނަމަވެސް ފަހުން އެނބުރި ގައުމަށް ދިއުމުގެ ހުއްދަ އޭނާއަށް ދީފައިވާ ކަމަށް ޑަޗް ނޫސް އެޖެންސީ އިން ބުނެފައިވެއެވެ.

އެކްސްޓިންކްޝަން ރިބެލިއަން އިން ތުހުމަތު ކުރި ގޮތުގައި ފުލުހުން ފެން ބޮން ބޭނުންކުރީ ބަންދުކުރަން ފެށިތާ 15 މިނެޓް ފަހުންނެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ ފެން ބޮން ބޭނުން ކުރުމުގެ ކުރިން އެކްޓިވިސްޓުންނަށް އެތަން ދުކޮއްލާފަ ދިއުމަށް ވަގުތު ދީފައިވާނެ ކަމަށެވެ. ހައްޔަރު ކޮއްފައި ވަނީ އެތަނުން ދުރައްދާން ބުނުމުން އެ އަމުރަށް ތަބާނުވި 1،579 މީހުން ކަމަށް ފުލުހުން ބުނެއެވެ.

ޑަޗް ޕީޖީ ސާވިސް އިން ބުނެފައި ވަނީ ހައްޔަރު ކުރި މީހުންގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ދައުވާ ނުކުރާނެކަމަށެވެ. ސަބަބަކީ އެކަމަކީ  ކުޑަ ކުށެއް ކަމަށާއި ހައްޔަރު ކުރުމުގެ މައިގަނޑު މަގުސަދަކީ ބްލޮކޭޑް ނިމުމަކަށް ގެނައުން ކަމަށެވެ.

]]>
Wed, 31 May 2023 00:36:02 +0500 ނާއިރާ
މަގުމަތިން ދިޔަ އަންހެން ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލައިފި https://heerasnews.com/1468 https://heerasnews.com/1468 އިންޑިއާގެ ސަހަރެއްގައި މަގުމަތިން ދިޔަ އަންހެން ކުއްޖަކު އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ. ފުލުހުން މައުލޫމާދު ދޭގޮތުން މިހާދިސާ ހިގައިފައި ވަނި އާދީއްތަ ދުވަހުއެވެ.

މަރާލި އަންހެން ކުއްޖާ މަރާލާފައި ވަނީ އޭނާގެ ރައްޓެއްސެއްގެ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީގައި ބައިވެރިވާން ދަނި ކޮށް ކަމަށްވެއެވެ. ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި އެމީހާ ތަކުރާރުކޮށް އަންހެން ކުއްޖާގެ ގަޔަށް ވަޅި ހަރައި ބޮޑު ހިލައަކުން ބޮލުގައި ޖަހައިފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި ދައުވާ ލިބޭ މީހާއަށް ކިޔަނީ ސާހިލްއެވެ. އޭނާ މިހާރު ވަނީ އުއްތަރަ ޕްރަދޭޝްގެ ބުލަންޑްޝާހް ޑިސްޓްރިކްޓް ކައިރިން ހައްޔަރު ކޮއްފައިއެވެ. މި މައްސަލައާއި ބެހޭ ގޮތުން މި ވަގުތަށް އެއްވެސް އެއްޗެއް އިތުރަށް ހިއްސާ ކުރެވެން ނެއް ވާހަކަ ވެސް ފުލުހުން ބުނެފައިވެއެވެ.

މި މަރުގެ ސީސީޓީވީ ފޫޓޭޖްތައް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ހިއްސާކޮށްފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި އެ ގަޑީގަ ހަމަލާ ބަލާލަން އެތާގައި މަޑުކޮއްގެން  އެތައްބަޔަކު ތިބިތަނާއި އަދި އެތައް ބަޔަކު ހިގާފައި އެ ހިސާބުން ދާތަން ވެސް ފެނެއެވެ.

މިއީ އިންޑިއާގައި ހިނގި މިފަދަ ފުރަތަމަ ބިރުވެރި ހާދިސާއެއް ނޫނެވެ. ދެރައީ އެހީތެރިވާން މީހަކު ނައުމެވެ.

]]>
Tue, 30 May 2023 00:31:10 +0500 ނާއިރާ
ޗެލްސީގެ ހެޑް ކޯޗަކަށް ޓޮޓެންހަމްގެ ކުރީގެ ކޯޗު https://heerasnews.com/1467 https://heerasnews.com/1467 ޗެލްސީގެ އާ ކޯޗަކަށް ޓޮޓެންހަމް އަދި ޕެރިސް ސެއިންޓް ޖާމައިންގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައިފިއެވެ.

އުމުރުން 51 އަހަރުގެ އާޖެންޓީނާއަށް އުފަން މައުރީސިއޯ އޭނާގެ އާ ރޯލު ފަށާނީ 1 ޖުލައި 2023 ގައި ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ. އަދި އިތުރަށް އަހަރެއް އެޔަށް އިތުރުކުރުމުގެ އިހުތިޔާރުވެސް އޭނާއަށް ވަނީ ލިބިފައެވެ.

ކްލަބުން ބުނާ ގޮތުން މައުރީސިއޯ އަކީ ފާހަގަކޮށްލެވޭ ޓްރެކް ރެކޯޑެއް އޮތް ދުނިޔޭގެ ފެންވަރުގެ ކޯޗެކެވެ. އަދި އެމީހުން އެންމެން ވެސް އިންތިޒާރު ކުރަމުން އައީ އޭނާ އެ ބޯޓަށް އަރުވަން ކަމަށެވެ. މީގެ އިތުރަށް ޗެލްސީން ބުނެފައިވަނީ ޕޮޗެޓީނޯ އަކީ އެ މީހުންގެ ފުރަތަމަ ޗޮއިސް ކަމަށާއި އަދި މަޝްވަރާކޮށްގެން ކަންކަން ކުރަން އެ ކްލަބަށް ގެނައި ހަމައެކަނި ކޯޗު ކަމަށެވެ.

މައުރީސިއޯ މަސައްކަތް ކުރާނީ ސްޕޯޓްސް ޑައިރެކްޓަރުން ކަމަށްވާ ޕައުލް ވިންސްޓަންލީ އާއި ލޯރެންސް ސްޓިވަޓްއާ އެކުގައެވެ.

 

]]>
Mon, 29 May 2023 21:43:51 +0500 ނާއިރާ
11 އަހަރު ކުއްޖަކަށް ފުލުސް އޮފިސަރަކު ބަޑިން ހަމަލާދީފި https://heerasnews.com/1455 https://heerasnews.com/1455 އެހީތެރިކަމަށް އެދި 911 އަށް ގުޅުމުން އެހިތެރިވެދޭން އައި ޕޮލިސް އޮފިސަރު އެހީތެރިކަމަށް އެދުނު 11 އަހަރުގެ ކުއްޖާގެ ގަޔަށް ބަޑިޖަހައިފިއެވެ. މިހާދިސާ ހިގައިފައި ވަނީ ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މިސިސިޕީގެ އިންޑިއަނޯލާގައެވެ.

މިހާދިސާ ހިގަން މެދުރިވިގޮތް ކިޔާދެމުން އުމުރުން 11 އަހަރުގެ އެޑްރިއަން މުރީގެ މަންމަ ނަކަލާ މުރީ ބުނެފައިވާނީ ހޮނިހިރު ދުވަހުގެ ފަތިހު ގާތްގަނޑަކަށް 4 ޖެހިއިރު އޭނާގެ ދަރިންގެ ތެރެއިން އެއްކުއްޖެއްގެ ބައްޕަ ރުޅިއައިސްގެން އެގެއަށް އައުމުން އޭނާގެ ސަލާމަތާއި މެދު ކަންބޮޑުވެގެން ސަލާމަތަށް އެދި ޕޮލިހަށް ގުޅުމަށް އޭނާގެ ދަރިފުޅު އެޑެރިއަން މުރީ ގާތުގައި ނަކަލާ އެދުނެވެ.

911 އަށް ގުޅުމުން ކޯލަށް ޖަވާބުދާރީވި އޮފިސަރު ބަޑިހިފައިގެން އެ ގެޔައްއައިސް ދޮރުކައިރީގައިހުރެ ގޭތެރޭގައި ތިބި މީހުން ބޭރަށް ނުކުތުމަށް އެދުނެވެ. އޭނަގެ ދަރިފުޅުގަޔަށް ބަޑިޖަހާފައި ވަނީ އޮފިސަރު ގެއިން ނުކުތުމަށް ކުރި އަމުރަށް ތަބާވީ ފަހުންނެވެ. 

މުރީ ބުނި ގޮތުގައި އަޑެރިއަން ގަޔަށް ބަޑިޖެހުމުން އޭނާ ސުވާލު ކުރަމުން ދިޔައީ "އަހަރެން ގަޔަށް ބަޑިޖަހާލީ ކީއްވެގެން ތަ؟ ކޮންކަމެއް ގޯސްވީ؟" މިހެންނެވެ.

މުރީގެ އާއިލީ ވަކީލު ވިދާޅުވެފައިވަނީ ބަޑިޖެހުމުގެ ހާދިސާ ފެންނަން އޮންނަ ބޮޑީ ކެމެރާ ފޫޓޭޖް ހޯދުމަށް ފެޑެރަލް ދައުވާއެއް ހުށަހަޅަން ރާވާފައިވާ ކަމަށެވެ. އަދި އެ އޮފިސަރުގެ މައްޗަށް ޖިނާއީ ދައުވާއ އުފުލާނެ ކަމަށްވެއެވެ.

 

]]>
Sun, 28 May 2023 23:55:24 +0500 ނާއިރާ
މިޞްރުން ގަދީމީ ވޯކްޝޮޕްތަކާއި، މަހާނަތަކެއް https://heerasnews.com/1449 https://heerasnews.com/1449 މިސްރުގެ އާސާރީ ތަކެއްޗާބެހޭ ފަރާތްތަކުން ވަނީ ހޮނިހިރު ދުވަހު ދާދި ފަހުން ވެރިރަށް ޤާހިރާގެ ބޭރުގައި ހުންނަ ފިރުޢައުނުގެ ނެކްރޮޕޮލިސްއަކުން ފެނުނު ގަދީމީ ވޯކްޝޮޕްތަކާއި މަހާނަތަކެއް ދައްކާލާފައެވެ.

މި އާސާރީ ތަކެތި ފެނިފައިވަނީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ސަރަހައްދު ކަމަށްވާ މިސްރުގެ ގަދީމީ ވެރިރަށް މެމްފިސްގެ ބައެއް ކަމަށްވާ ސަކާރާގެ ނެކްރޮޕޮލިސް އިންނެވެ.

ސުޕްރީމް ކައުންސިލް އޮފް އެންޓިކިއުޓީސްގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެފައިވަނީ މި ވޯކްޝޮޕްތައް އޭރުގެ މީހުން ބޭނުން ކުރަމުން އައިސްފައި ވަނީ އިންސާނުންނާއި މުޤައްދަސް ޖަނަވާރުތައް މަމިފައި ކުރުމައްކަމަށެވެ. އެއީ 30 ވަނަ ފިރުއައުނީ ދަރިކޮޅު (މީލާދީން 380 އިން މީލާދީން 343) އާއި ޓޮލެމިކް ޒަމާނު (މީލާދީން 305 އިން މީލާދީން 30) ގައި މަސައްކަތް ކުރަމުން އައިސްފައިވާ ތަނެކެވެ.

ވޯކްޝޮޕްތަކުގެ ތެރެއިން އާކިއޮލޮޖިސްޓުންނަށް މަށިން ހަދާފަހުރި ތަށިތަކާއި މަމިފިކޭޝަންގައި ބޭނުންކުރި ކަމަށް ބެލެވޭ ތަކެތީގެ އިތުރުން އަޅުކަން ކުރުމަށް ބޭނުން ކުރަމުން ދިޔަ ތަކެތިވެސް ފެނިފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި މިސްރުގެ ސަރުކާރުން ވަނީ އާސާރީ ހޯދުންތައް ބައިނަލްއަގްވާމީ މީޑިއާތަކާއި ޑިޕްލޮމެޓުންނަށް ވަރަށް ބޮޑަށް ޕްރޮމޯޓްކޮށްފައެވެ.

 

]]>
Sat, 27 May 2023 21:34:41 +0500 ނާއިރާ
އާސާރީ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް https://heerasnews.com/1447 https://heerasnews.com/1447 ސެންޓްރަލް ސިޑްނީގެ ހުންނަ ހަތް ބުރީގެ އާސާރީ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިންގައި 13 އަހަރުގެ ދެ ފިރިހެން ކުދިން ފުލުހުންނާ ހަވާލުވެއްޖެއެވެ.

މި އިމާރާތުގައި އަލިފާން ރޯވެފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުއެވެ. މި އަލިފާންގަނޑު ނިއްވަން ގާތްގަނޑަކަށް 100 ވަރަކަށް ފަޔާ ފައިޓަރުން ބޭނުންވިއެވެ.

ފުލުހުން ގަބޫލުކުރާ ގޮތުގައި މި ހާދިސާގައި އަދި އެހެން ކުދިންތަކެއްވެސް ބައިވެރިވިއެވެ. އަދި އެކުދިން ކުރިއަށް އައުމަށް ވެސް އެދިފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެ އިމާރާތުގައި 15 މީހަކު ގަދައަށް ނިދާފައި ތިއްބެވެ. އޭގެ ތެރެއިން 13 މީހަކު ވީހިސާބް މިހާރުވަނީ ހޯދާފައިއެވެ.

މީގެއިތުރުން ވަށައިގެންވާ އިމާރާތްތަކުން މަދުވެގެން 70 އާއިލާ ވަނީ އެ މީހުންގެ ގެދޮރު ދޫކޮށްފައެވެ.

ފަޔަރ އެންޑް ރެސްކިއު ނިއު ސައުތު ވޭލްސް އިން ބުނާ ގޮތުގައި ބުރާސްފަތި ދުވަހު އަލިފާންގަނޑު "10 ވަނަ" އެލާމް ސްޓޭޓަސް އަށް އަރާފައިވެއެވެ. މިއީ އެންމެ ވަރުގަދަ ލެވެލްއެވެ.

މި އިމާރާތަކީ ތަރިކައިގެ ގޮތުގައި ލިސްޓް ކޮފައިވާ އިމާރާތެކެވެ.މިއީ ކުރިން " ހެންޑަސަން ހެޓް ފެކްޓްރީ" ހުރި އިމާރާތެކެވެ.

ފުލުހުން ވަނީ އަމިއްލައަށް ހަވާލުވި 2 ކުދިން އެ މީހުންގެ ސުވާލުތަކުގައި އެހީތެރިވަމުން ދާކަން ކަށަވަރުކޮށްދީފައިއެވެ.

]]>
Fri, 26 May 2023 19:43:37 +0500 ނާއިރާ
ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވި މީހަކު ހައްޔަރުކޮށްފި https://heerasnews.com/1446 https://heerasnews.com/1446 އޭޝިއާނާ އެއާލައިންސްގެ ފްލައިޓެއް ދެކުނު ކޮރެއާއަށް ޖައްސަން އުޅެނިކޮށް އެ ފްލައިޓެއްގެ އިމަޖެންސީ ދޮރު ހުޅުވާލި މީހަކު ހައްޔަރުކޮށްފިއެވެ.

އެއާބަސް އޭ 321-200 ޖެޓެއް ކަމަށްވާ ފްލައިޓް އޯޒެޑް 8124 ހުކުރު ދުވަހު ޖެޖޫ އައިލެންޑުން ފުރައިގެން ގޮސް ބިމަށް ޖައްސަން 250 މީޓަރު ދުރުގައި އޮއްވައި ފިރިހެން ފަސިންޖަރަކު ވަނީ އެފްލައިޓްގެ އެމަޖެންސީ ދޮރު ހުޅުވާލާފައެވެ.

މަންޒަރު ދުށް މީހުން މައުލޫމާތު ދިންގޮތުގައި މި މީހާ ދޮރު ހުޅުވީ ފުއްމާލަން ވެގެންނެވެ. އަދި ފްލައިޓް އެޓެންޑެންޓުންނަށް އޭނާ ދޮރު ހުޅުވުން ހުއްޓުވޭ ގޮތް ނުވީ ބޯޓު ޖައްސަން އުޅޭތީއެވެ.

ދޮރު ހުޅުވާފައި ހުރި ނަމަވެސް މި މަތިންދާ ބޯޓު ވަނީ ސަލާމަތް ކަމާއެކު 194 ފަސިންޖަރުންނާއެކު ހުކުރު ދުވަހު ޑޭގޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައެވެ.

މި ހާދިސާގެ ސަބަބުން މަތިންދާބޯޓުގައި އޭރު ތިބި ބައެއް ފަސިންޖަރުން ވަނީ ހޭނެތިފައެވެ. އަދި އަނެއް ބައި މީހުންނަށް ވަނީ ނޭވާލާން އުނދަގޫވެ ހޮސްޕިޓަލަށް ގެންގޮސްފައިއެވެ.

ދޮރު ހުޅުވި މީހާ ވަނީ މަތިންދާބޯޓު ޖެއްސުމާއެކު ހައްޔަރު ކޮށްފައެވެ.

]]>
Fri, 26 May 2023 17:36:55 +0500 ނާއިރާ
ފާހާނާއަށް ވެއްޓި އަދިއްތިޔާ ސިންގް މަރުވެއްޖެ https://heerasnews.com/1434 https://heerasnews.com/1434 މަޝްހޫރު ރިއަލިޓީ ޝޯ "ސްޕްލިޓްސްވިލާ" އާއި ޑިޓެކްޓިވް ޝޯ "ކެމްބަލާ އިންވެސްޓިގޭޝަން އެޖެންސީގައި" އާއި "މައިން ގާންދީ ކޯ ނާހީ މާރާ "ފަދަ ފިލްމުތަކުގައި އެކްޓްކުރި އެކްޓަރު އަދިއްތިޔާ ސިންގް ރާޖްޕޫތު ވަނީ ހޯމަ ދުވަހު މަރުވެފައެވެ.

މައުލޫމާތު ލިބޭގޮތުގައި އަދިއްތިޔާ ހެނދުނު 11 ޖެހާކަށް ހާއިރު ހޭލައިގެން ހެނދުނުގެ ނާސްތާއަށް ފަހު މެންދުރު 2.30 ހާއިރު އޭނާ ގާތުގައި މަޑުކޮށްގެން ހުރި ގޭގެ އެހީތެރީން ގާތު މެންދުރުގެ ކެއުމަށް ކޮންމެވެސް ކާއެއްޗެއް ހަދަން ބުނެފައިވާކަމަށްވެއެވެ. މޭނުބައިކުރާތީ އަނެއްކާވެސް ފާޚާނާއަށް އޭނާވަނެވެ. އޭގެ ދެތިން މިނެޓް ފަހުން ގޭގެ އެހީތެރިންނަށް ބާރުއަޑެއް އިވި އެހީއަށް ގޮވާލިއަޑު އިވުނު ކަމަށްވެސް ވެއެވެ. އަދި އޭނާ ވެއްޓި ޖެހުނު ތަނުން ވަނީ ބައެއް ޓައިލްސް ތައްވެސް ތަޅައިގެން ގޮސްފައިއެވެ. . 

އޮޝިވާރާ ޕޮލިހުން ވަނީ މި މައްސަލަ އަކީ އެކްސިޑެންޓްވެގެން މަރުވި މައްސަލައެއް ކަމަށް ރަޖިސްޓްރީކޮށްފައިއެވެ.

ސީނިއާ އިންސްޕެކްޓަރަކު ބުނިގޮތުގައި އުމުރުން 32 އަހަރުގެ އެކްޓަރު މިދިޔަ ދެތިން ދުވަހު އުޅުނީ ބަލިހާލުގައި ކަމަށެވެ. ނަމަވެސް އޭނާ ވަނީ އެއްވެސް ބޭހެއް ބޭނުން ކުރަން ދެކޮޅު ހަދާފައި ކަމަށެވެ. މި ހާދިސާ ހިގައިގެން ޓްރޮމާ ކެއާ ހޮސްޕިޓަލަށް ގެންދިޔަ އިރު މަރުވެފައިވާ ކަމަށް ވެސް އިންސްޕެކްޓަރ ބުނެފައިވެއެވެ. އެ އެކްޓަރު މިދިޔަ ދެތިން ދުވަހު ރައްޓެހިންނާ އެކު ޕާޓީ ކުރަމުން އައިކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އަދިއްތިޔާ މަރުވި ޚަބަރު ފެތުރިގެން ދިޔަތާ މާގިނައިރުތަކެއް ނުވަނީސް އޭނާ ޑިޕްރެޝަންގައި ހުރި ކަމަށާއި މަސްތުވާތަކެތީގެ އޯވަޑޯޒް ވެގެން އުޅޭ ކަމުގެ ފޮޓޯތަކާއި މެސެޖުތަކުން ސޯޝަލް މީޑިއާ ވަނީ ފުރިފައެވެ.

]]>
Tue, 23 May 2023 17:14:39 +0500 ނާއިރާ
15 އަހަރުގެ ކުއްޖަކާ ގުޅުންހިންގި ކުއްޖަކު ހައްޔަރުކޮށްފި https://heerasnews.com/1433 https://heerasnews.com/1433 15 އަހަރުގެ އަންހެން ކުއްޖަކާ ބަދަހްލާގީ ގުޅުން ހިންގި މައްސަލައަކާ ގުޅިގެން  18 އަހަރުގެ ފުރާވަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާ ހިގައިފައި ވަނީ މެލޭސިޔާގެ ލަޔަންގްގެ އަވަށެއް ކަމުގައިވާ މުރްނީ ޖަޔާގައިއެވެ.

15 އަހަރުގެ އަންހެން ކުއްޖާގެ މަންމަ ބުނާ ގޮތުގައި ފާޚާނާގެ ތެރޭން ދަރިފުޅު ހަޅޭލައިގެން އަޑު އިވިގެން ބެލިއިރު ފާހާނާ ތަށީގެ ތެރޭގައި ކުޑަކުއްޖަކު އޮތެވެ. ތުއްތުކުއްޖާއަކީ 15 އަހަރުގެ އަންހެން ކުއްޖާގެ ދަރިއެކެވެ. އޭނަގެ 15 އަހަރުގެ އަންހެން ދަރިފުޅު ހަޅޭލައިގަތީ ތަދުވެގެން ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު އެ އަންހެން މީހާ ދަރިފުޅު ގޮވައިގެން ސުލްތާނާ އަމީނާ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔައެވެ.

ޕޯސްޓްމޯޓަމް އިން އެނގުނު ގޮތުގައި އެ ކުޑަ ކުއްޖާގެ އުމުރުރަކީ 28 ހަފްތާއެވެ. ގަދަކަމުން މަޖުބޫރުކޮށްގެން ނުވަތަ އަނިޔާއެއް ދީގެން ދަރި ވައްޓާލާފައި ވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށެއްނެތެއެވެ. މައްސަލާގައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮއް ތަހުގީގުފަށާފައިއެވެ.

މި ކުއްޖާއަށް ވަނީ މެއި މަހުގެ 22 ވަނަ ދުވަހު ޖޮހޯރު ބާރޫގެ ސެޝަންސް ކޯޓުގައި ދައުވާ އުފުލާފައިއެވެ. އޭނާގެ މައްޗަށް ވަނީ ގާނޫނުލް އުގޫބާތުގެ 376 ވަނަ މާއްދާގެ (2) ގެ ދަށުން ބަދަހްލާގީ އަމަލު ހިންގުމުގެ ދައުވާ އުފުލާފައިއެވެ. ނަމަވެސް އޭނާ ވަނީ އެ ދައުވާއަށް އިންކާރުކޮއް 15،000 ރިންގިޓްގެ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ހުށަހަޅާފައެވެ.

 

]]>
Tue, 23 May 2023 16:16:01 +0500 ނާއިރާ
100 އަހަރު ވެފައިވާ ޕޯސްޓް އޮފީހެޢްގައި ރޯވުން https://heerasnews.com/1423 https://heerasnews.com/1423 މެނިލާގެ ތާރީހީ ޕޯސްޓް އޮފީސް އިމާރާތުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އެންމެ މީހަކަށް ވަރަށް ކުޑަ ކޮށެވެ.

މިއާސާރީ އިމާރާތަށް ގާތްގަނޑަކަށް 100 އަހަރު ވެފައިވެއެވެ.

އަލިފާންގަނޑު ފުރަތަމަ ރޯވެފައި ވަނީ ނިއޯ ކްލާސިކަލް، ފަސް ބުރީގެ އިމާރާތުގެ ބިންގަރާހުގައިއެވެ. އަލިފާންގަނޑު ނިއްވައިލެވިފައި ވަނީ ހެނދުނުއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ގެއްލުންވީ ކޮން އެއްޗެއްކަން ދެނެގަތުމަށް މިހާރުވަނީ ތަހުގީގު ކުރަން ކަމާބެހޭފަރާތްތަނުން ފަށާފައިއެވެ.

މިހާރު ގައުމީ އާސާރީ ތަނެއްގެ ގޮތުގައި ބެލެވޭ މި އިމާރާތަކީ 1926 ވަނަ އަހަރު ސަގާފީ ނިއޯ ކްލާސިކަލް ސްޓައިލުގައި އުސް ތަނބުތަކެއް ޖަހައިގެން ބިނާކޮށްފައިވާ އިމާރާތެކެވެ.

]]>
Mon, 22 May 2023 11:03:15 +0500 ނާއިރާ
ވާނަރބްރަދާސް ސްޓޫޑިއޯ ޓުއާ ޓޯކިޔޯ : ހެރީޕޮޓަރ އާ ތީމް ޕާކެއް https://heerasnews.com/1415 https://heerasnews.com/1415 ހެރީ ޕޮޓާގެ ސަޕޯޓަރުންގެ ހުވަފެންތައް ހަގީގަތަކަށް ވެއްޖެއެވެ. ޓޯކިޔޯގެ ވިޒަރޑިން ވޯލްޑްގައި ފުރަތަމަ  ފަހަރަށް "މިނިސްޓްރީ އޮފް މެޖިކް" ސެޓް ހުޅުވައި އެމެރިކާގެ ފިލްމު ޖަޔަންޓްގެ ސަބްސިޑަރީއެއް ކަމަށްވާ "ވާނާ ބްރޯސް ސްޓޫޑިއޯ ޖަޕާނުން "ޓޯކިޔޯގައި އާ ތީމް ޕާކެއް ތަރައްގީކޮށް ހުޅުވައިފިއެވެ. މިތަނަށް ކިޔަނީ "ވާނަރ ބްރަދާސް ސްޓޫޑިއޯ ޓުއާ ޓޯކިޔޯ - ދަ މެކިން އޮފް ހެރީ ޕޮޓަރ" އެވެ.

މިތަން ހުޅުވުވާފައި ވަނީ ޓޯކިޔޯގެ ނެރިމާ ވާޑުގެ ޓޯޝިމާއެން އެމިއުޒްމަންޓް ޕާކް ކުރިން ހުރި ތަނުގައި ޖޫން 16 ވަނަ ދުވަހުއެވެ.

މި ތީމް ޕާކުގައި ހެރީ ޕޮޓާ ފިލްމުތަކުގެ އައިކޮނިކް ސެޓްތައް ދައްކާލާފައިވެއެވެ. މީގެތެރޭގައި ގްރޭޓް ހޯލް، ފޯބިޑަން ފޮރެސްޓް، ޑައިގަން އެލީ، އަދި ޕްލެޓްފޯމް 9 3⁄4 ވެސް ހިމެނޭއެވެ.

]]>
Sun, 21 May 2023 18:51:21 +0500 ނާއިރާ
ގުޅިފައިވާ އެއްމާބަނޑު ދެކުދިން ކާމިޔާބުކަމާއެކު ވަކިކޮށްފި https://heerasnews.com/1409 https://heerasnews.com/1409 ސައުދީ ސާޖަނުންގެ ޓީމަކުން ބުރާސްފަތި ދުވަހު ރިޔާޟްގައި 14 ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ނައިޖީރިއާގެ ކޮންޖޮއިންޑް ޓްވިންސް  ކަމަށް ވާ ހަސަނާ އާއި ހަސީނާ ކާމިޔާބުކަމާއެކު ވަކިކޮށްފިއެވެ.

ސްޕެޝަލިސްޓް ސާޖިކަލް ޓީމުން ވަނީ ކިންގް އަބްދުލްއަޒީޒް މެޑިކަލް ސިޓީގެ ކިންގް އަބްދުﷲ ސްޕެޝަލިސްޓް ހޮސްޕިޓަލް ފޯ ޗިލްޑްރަންސްގައި ޓްވިންސްގެ ހާލު ރަނގަޅު ކަމަށް އިއުލާންކޮށްފައެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު ނައިޖީރިއާއަށް އުފަން ހަސަނާ އާއި ހަސީނާގެ ބަނޑާއި ޕެލްވިސް އާއި ފުރަމޭ އާއި ގޮހޮރާއި ކުޑަކަމުދާ ނިޒާމު ވަނީ އުފެދުމުގައި ގުޅިފައެވެ.

މި ޓީމުގައި ޖުމްލަ 85 މެމްބަރުން ހިމެނެއެވެ. އެއީ 35  މެޑިކަލް އަދި ސާޖިކަލް ސްޕެޝަލިސްޓުންގެ އިތުރުން ނަރުހުން އަދި ޓެކްނިކަލް ސްޓާފުންނެވެ. މި މަލްޓިޑިސިޕްލިނަރީ ޓީމުގެ އިސްވެރިޔަކީ ސައުދީ ރޯޔަލް ކޯޓުގެ އެޑްވައިޒަރު އަދި ކިންގް ސަލްމާން ހިއުމަނިޓޭރިއަން އެއިޑް އެންޑް ރިލީފްގެ ސުޕަވައިޒަރ ޖެނެރަލްއެވެ.

އެ އޮޕަރޭޝަން ފެށުމުގެ ކުރިން އަލްރަބީހު ވަނީ މި އޮޕަރޭޝަންގައި އަށް މަރުހަލާއެއް ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ. މި ސާޖަރީ ކޮފައިވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާންގެ އިރުޝާދުގެ މަތިންނެވެ.

ސައުދީ އަރަބިއްޔާގެ އިންސާނީ އެހީތެރިކަމުގެ އިސްނެގުމުގެދަށުން މިދިޔަ 33 އަހަރުގެ މުއްދަތުގެ ތެރޭގައި 23 ގައުމަކުން ކޮންޖޮއިންޑް ޓްވިންސްގެ 130 މައްސަލައަށް އެހީތެރިވެދީފައިވާއިވެއެވެ. އަދި ހަސަނާ އާއި ހަސީނާ ވެގެންދާނީ އޭގެ ސަބަބުން ވަކިވާ 56 ވަނަ ޓްވިންސް ސެޓަށެވެ.

 

 

]]>
Sat, 20 May 2023 09:47:02 +0500 ނާއިރާ
ޖަވާންގެ ކްލިޕްތަކެއް ލީކްވެގެން ޓްވިޓާއަށް ކޯޓް އަމުރެއް https://heerasnews.com/1403 https://heerasnews.com/1403 ދިއްލީ ހައިކޯޓުން ބުދަ ދުވަހު ޓުވިޓާއަށް ކޯޓު އަމުރެއް ނެރެފިއެވެ. އެ އަމުރަކީ ޝާހްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޖަވާން" ގެ ކްލިޕްތައް ހިއްސާކުރާ ކަމަށް ބުނާ ބައެއް ޔޫޒަރުންގެ އީމެއިލް އާއި އައިޕީ އެޑްރެސް އަދި ފޯނު ނަންބަރު ހިމެނޭ ގޮތަށް ސަބްސްކްރައިބަރުންގެ އާއްމު މައުލޫމާތު ހާމަކުރުމަށް ޓްވިޓަރއަށް ކުރި އަމުރުކެވެ.

ފިލްމުގެ ޕްރޮޑިއުސަރު ރެޑް ޗިލީސް އެންޓަޓެއިންމަންޓްސް ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ކޯޓުން ވަނީ ޔޫޓިއުބް، ޓްވިޓާ އަދި ރެޑިޓް އަށް ފިލްމުގެ ކޮންޓެންޓާއި ކްލިޕްތައް ހުއްދަ ނެތި ބްރޯޑްކާސްޓް ކުރުން ވަގުތުން ބްލޮކްކޮށް ޑައުން ކުރުމަށް އަމުރުކޮއްފައެވެ.

އޭޕްރީލް މަހު ކޯޓުން ވަނީ އެކި ވެބްސައިޓްތަކާއި އިންޓަނެޓް ހިދުމަތްދޭ ފަރާތްތަކަށް 'ޖަވާން' އާ ގުޅުން ހުރި އެއްވެސް ލަވައެއް، އޯޑިއޯއެއް އަދި ވީޑިއޯ ކްލިޕްއެއް ރަނގަޅު ލައިސަންސެއް ނެތި ކޮޕީކޮށް، ރެކޯޑްކޮށް، ޑިސްޕްލޭ ނުވަތަ ރިލީޒް ކުރުން ހުއްޓުވާފައިއެވެ.

އަދި ޕްރޮޑަކްޝަން ހައުސް އިން ރިފަރ ކުރާ ހުރިހާ ގަވާއިދާ ހިލާފު ކޮންޓެންޓްތަކާއި ކްލިޕްތައް ވަގުތުން ބްލޮކްކޮށް ޑައުން ކުރުމަށް ޔޫޓިއުބްއާއި ޓްވިޓާ އާއި ރެޑިޓް އަށް އަންގާފައިވެއެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ.

]]>
Wed, 17 May 2023 23:08:07 +0500 ނާއިރާ
ފުޓްބޯޅަ ފައިނަލް ނިމުނީ މާރާމާރީއާއި ރަތް ކާޑުން https://heerasnews.com/1402 https://heerasnews.com/1402 ސައުތުއީސްޓް އޭޝިއަން ގޭމްސްގެ ފިރިހެން ފުޓްބޯޅަ ފައިނަލް ހަލަބޮލިވީ ދެ ބޮޑު މާރާމާރީއެއް ހިނގައި ހަތަރު ކުޅުންތެރިންނަށް ރަތްކާޑު ދެއްކުމުންނެވެ. އެންމެ ފަހުން އިންޑޮނޭޝިއާ އިން ތައިލެންޑް އަތުން މޮޅުވީ ކެމްބޯޑިއާގެ ފްނޮމްޕެންގައި ކުޅުނު އިތުރު ވަގުތުގައި 5-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ

މި ހަލަބޮލިކަން ފެށިގެން އައީ ސްޓޮޕް ޓައިމްގައި ތައިލެންޑްއިން ނަތީޖާ ހަމަހަމަ ކުރުމުން، ޓީމުތަކުގެ ބެންޗުތަކުގެ މެދުގައި ހަމަނުޖެހުންތައް ހިނގައިގެންނެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި އިންޑޮނޭޝިއާ އިން 3-2 އިން ލީޑު ނެގިތަނާ އިތުރު މާރާމާރީއެއް ފެށުމުން ދަނޑުމަތީގަ ހަމަނުޖެހުންތައް އިތުރަށް ގޯސްވިއެވެ.

ދަނޑުގައި ތައިލެންޑުގެ އަނިޔާވެރި ކުޅުމުގެ ނަތީޖާއަކަށްވެގެން ދިޔައީ އެންމެ 8 ކުޅުންތެރިންނާއެކު މެޗު ނިންމާލަން ޖެހުމެވެ.

ތައިލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ދަނޑު މަތީގައި ހިނގި ހާދިސާތަކާ ގުޅިގެން މާޔޫސްކަން ފާޅުކޮށް މައާފަށް އެދިފައެވެ. އަދި މިމައްސަލަތައް ތަހުގީގުކޮށް އެކަމުގައި ބައިވެރިވެފައިވާ އެންމެނަށް އެކަށީވެގެންވާ އަދަބު ދޭން ކޮމިޓީއެއް އެކުލަވާލާނެ ކަމުގެ ޔަގީން ކަންވެސް ދީފައިވެއެވެ.

ފަޖާރު ރަހްމާން އާއި ބެކްމަން ޕުޓްރާގެ ލަނޑުތަކުން 1991 ވަނަ އަހަރަށް ފަހު އިންޑޮނޭޝިއާއަށް ސައުތުއީސްޓް އޭޝިއަން ގޭމްސްގެ ފުރަތަމަ ރަން މެޑަލް ކަށަވަރުވީ ތައިލެންޑުން ހޯދި ދެވަނަ ރީނދޫ ކާޑުގެ ސަބަބުންނެވެ. ރަތްކާދުލިބިގެން އިތުރު ދެ ކުޅުންތެރިން ކުޅުމުން ބާކީ ކުރުމުންނެވެ.

 

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން ބުނީ އެ ހާދިސާތަކާ ގުޅިގެން "މާޔޫސް" ވެފައިވާ ކަމަށާއި މިކަމާ ގުޅޭގޮތުން ތަހުގީގެއް ހިންގާނެ ކަމަށެވެ.

އަދި އެމީހުން ފާހަގަކުރަނީ ފެއާ ޕްލޭ އަށް ދެފަރާތުންވެސް އިހުތިރާމް ކުރުމަށާއި އަދި މިފަދަ ހުރިހާ އަނިޔާވެރި އަމަލުތަކާމެދު ޒީރޯ ޓޮލަރެންސް އެޕްރޯޗެއް އެމީހުން ގެންގުޅެނޭކަމަށެވެ.

]]>
Wed, 17 May 2023 18:35:47 +0500 ނާއިރާ
މަސްބޯޓެއް ބަންޑުންޖަހާލައިގެން 39 މީހަކު ގެއްލިއްޖެ https://heerasnews.com/1399 https://heerasnews.com/1399 ޗައިނާގެ މަސްވެރި އުޅަނދެއް ކަމަށްވާ "ލޫ ޕެންގް ޔުއާން ޔޫ 028" އިންޑިއާ ކަނޑަށް ބަންޑުން ޖަހާލައިފިއެވެ. އަންގާރަ ދުވަހުގެ ރޭގެ މެންދަމު 3 ޖަހާ ކަންހާއިރު ބަންޑުން ޖަހާލި މަސްބޯޓުން 39 މީހުން ގެއްލިފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ބުނެއެވެ.

ގެއްލިފައި ވަނީ ޗައިނާގެ 17 މީހުންނާއި އިންޑޮނޭޝިއާގެ 17 މީހުންނާއ ފިލިޕީންސްގެ ފަސް މީހުންނެވެ. ޗައިނާގެ ލީޑަރު ޝީ ޖިންޕިންގް ވަނީ މި މީހުން ހޯދާ ސަލާމަތް ކުރުމަށް ހުރިހާ މަސައްކަތެއް ކުރުމަށް އަމުރު ކުރައްވާފައެވެ.

ސާޗް އެންޑް ރެސްކިއު ޓީމްތައް މިހާރު ދަނީ އެ ސަރަހައްދަށް ގޮސް މީހުން ހޯދުމަށް ހަރަކާތްތެރި ވަމުންނެވެ. މީގެ މިތުރުން ޗައިނާގެ ދެ އުޅަދަކާއި އޮސްޓްރޭލިއާ އާއި އަދިވެސް އެހެން ޤައުމުތަކުގެ އުޅަނދުފަހަރު ވެސް މިހާރު ވަނީ މީހުން ހޯދުމުގައި ބައިވެރިވެފައިއެވެ.

ގެއްލުނު ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކު އަދި ފެނިފައެއް ނުވެއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އޮސްޓްރޭލިއާގެ މެރިޓައިމް ސަރޗް އެންޑް ރެސްކިއު ޑިޕާޓްމަންޓުން ވަގުތުން މަތިންދާބޯޓު ފޮނުވައި އެ ތަނުން ދަތުރުކުރާ އުޅަނދުތައް ކޯޑިނޭޓްކޮށް މީހުން ހޯދުމުގެ މަސައްކަތް ފަށާފައި ވާތީ އޮސްޓްރޭލިއާގެ މެރިޓައިމް ސަރޗް އެންޑް ރެސްކިއު ޑިޕާޓްމަންޓަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައިވެއެވެ. އުންމީދަކީ ވަށައިގެންވާ ގައުމުތަކުން ޗައިނާއާ ގުޅިގެން ޖޮއިންޓް ސާޗް އެންޑް ރެސްކިއު ކުރިއަށް ގެންދިއުންކަމަށެވެ.

އަދި އެމީހުންގެ ފުރާނަ ސަލާމަތް ކުރުމުގެ އުންމީދު ދޫކޮށްނުލާނެ ކަމަށްވެއެވެ. އިތުރު ސަލާމަތީ ޓީމުތައް މީހާރު ދަނީ އެދީމާލަށް ދަތުރު ކުރަމުންމެވެ.

]]>
Wed, 17 May 2023 15:52:48 +0500 ނާއިރާ
ކޯރެއް ކައިރިން ދިރި ތިއްބާ 2 ކުދިން ސަލާމަތް ކޮއްފި https://heerasnews.com/1390 https://heerasnews.com/1390 ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކިވޫ ލޭކްގެ އައްސޭރިފަށުން ތުއްތު ދެ ކުދިން ދިރިތިއްބާ ފެނިއްޖެ އެވެ. އެއީ އެއް މަހާއި ދެ ހަފްތާގެ ފިރިހެން ކުއްޖަކާއި ގާތްގަނޑަކަށް ދެ މަހުގެ އަންހެން ކުއްޖެކެވެ.

މިތަނުން އެއް ކުއްޖަކު ސަލާމަތް ކޮއްފައިވަނީ އަންގާރަ ދުވަހު ލޭކް ކައިރީގައި ހުރި ގާތަކެއްގެ ތެރެއިންނެވެ. އަނެއް ކުއްޖާ ސަލާމަތް ކުރީ ހޮނިހިރު ދުވަހު ލޭކް މަތީން އޮޔާދާތަން ފެނިގެންނެވެ.

މައުލޫމާތު ލިބޭގޮތުގައި ފިރިހެން ކުއްޖާގެ ފަލަމަސްގަނޑުގެ ކަށިގަނޑަށާއި މޫނަށް ވަނީ އަނިޔާ ލިބިފައިއެވެ. ސަލާމަތް ކުރި އަންހެން ކުއްޖާއަކަށް އެއްވެސް ކަމެއްނުވެއެވެ. އެކުއްޖާ އޮތީ ސަލާމަތުންނެވެ. އުދައެރުމުގެ ސަބަބުން ފަނާވެފައިވާ ބުޝުޝޫ އާއި ނިޔާމުކުބީ އަވަށުން ސަލާމަތްކުރި  ތުއްތު ކުދިންނާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ޒަޚަމްވީ ކުއްޖާގެ މަންމަ ވަނީ ގެއްލިފައިކަމަށެވެ. އަދި އަނެއް ކުއްޖާގެ މަރުވެފައިވާ މަންމައާއި ބައްޕަގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށެވެ.

މިހާރު ކުރަމުން ދާ ވިއްސާރާގައި ބުޝުޝޫ އާއި ނިޔާމުކުބީ އަވަށަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ކޯރުތައް ބަންޑުންވެ، ބިންގަނޑު ކަހާލައިގެން ގޮސް މިހާތަނަށް ވަނީ 400 އަށް ވުރެ ގިނަމީހުން މަރުވެފައިއެވެ. އަދި 1000 އަށް ވުރެ ގިނަމީހުން ހޯދާ ނުފެނިފައިއެވެ.

]]>
Tue, 16 May 2023 00:08:39 +0500 ނާއިރާ
ޑަޗް ފުޓްބޯޅަ މެޗެއް ފަޔަރވޯކްސްއާއި ހުރެ މެދުކެނޑިއްޖެ https://heerasnews.com/1387 https://heerasnews.com/1387 މެއި މަހުގެ 14 ވީ އާދީއްތަ ދުވަހު އެފްސީ ގްރޮނިންގެން އާއި އޭޖެކްސް ބައްދަލުކުރި ޑަޗް ފުޓްބޯޅަ މެޗް ސަޕޯޓަރުން ދަނޑަށް ފަޔަރވޯކް އުކުމާ ގުޅިގެން ކުޅެން ފެށިތާ 10 މިނެޓު ފަހުންވަނީ މެޗް ހުއްޓާލާފައެވެ.

އެމްސްޓަޑަމްގައި ހުންނަ ކްލަބް އޭޖެކްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،”އެފްސީ ގްރޮނިންގެން އާއި އޭޖެކްސް ކުޅުން 10 މިނެޓް ފަހުން ސަސްޕެންޑްކޮށްފައިވަނީ ދަނޑަށް ފަޔަރވޯކް އުކައިގެން އެތައް ބައިވަރު ހާދިސާތަކެއް ކުރިމަތިވުމުންނެވެ."

އަޔެކްސް އިން އެމީހުންގެ ވެބްސައިޓުގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޗުގެ ބާކީ ބައި ކުޅޭނީ ސަޕޯޓަރުންނާ ނުލައި މެއި މަހުގެ 16 ވާ އަންގާރަ ދުވަހުގެ އެ މީހުންގެ ގަޑިން މެންދުރު ފަހު 3 ޖަހާއިރުކަމަށެވެ.

ޑަޗް ޓޮޕް ފްލައިޓް ލީގުގެ މެޗުތައް ހުކުރު ދުވަހުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން ވަގުތީ ގޮތުން މަޑުޖައްސާލާފައި ވަނީ ދަނޑަށް އެއްޗެހި އުކުމާ ގުޅިގެންނެވެ.

]]>
Mon, 15 May 2023 17:20:26 +0500 ނާއިރާ
އެލްޖީބީޓީއާއި ދެކޮޅަށް އެކަހެރިވެއްޖެ https://heerasnews.com/1386 https://heerasnews.com/1386 މޮނާކޯ އާއި ލީލްގެ ކުޅުންތެރިން 14 މެއި 2023 ގައި ކުޅުނު  މެޗް ފެށިގެން ދިޔައީ "ގޭ ނުވަތަ ސްޓްރެއިޓް " އަހަރެމެން އެންމެން ލައިގެން އުޅެނީ އެއް ޖާޒީ" ލިޔެފައިވާ ބެނާއެއް ހިފައިގެންނެވެ.

ޓޫލޫސްގެ ބައެއް ކުޅުންތެރިން ލީގު 1 ގައި އާދީއްތަ ދުވަހު ނަންޓޭސްއާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ ބާކީ ކޮއްފައިއެވެ. އެއީ އެމީހުން މިފަހަރު ލީގުގައި ސަޕޯޓުކުރާ އެއް ޝިޔާރެއްކަމަށް ވާ ހޯމޯފޯބިޔާއަށް ތާއީދު ކުރުމަށް އެއްބަސް ނުވާތީއެވެ.

މި އިޝާރާތަކީ 17 މެއިގައި ބޭއްވޭ ދުނިޔޭގެ "ޑޭ އެގޭންސް ހޯމޯފޯބިއާ، ޓްރާންސްފޯބިއާ އެންޑް ބައިފޯބިއާ "އަށް އެހީތެރިވުމުގެ ގޮތުން ހިންގާ ހަރަކާތެކެވެ.

އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްބައި ކުޅުންތެރިން "އެލްޖީބީޓީ" ހަރަކާތް ތަމްސީލުކުރާ ރެއިންބޯ ކުލަތަކާ އެމީހުންގެ ތަސްވީރު ގުޅުވާލުމާ މެދު ޚިޔާލުތަފާތުވުން ފާޅުކުރި" ކަމަށެވެ.

މިގޮތުން ޓޫލޫސް އާއި މޮރޮކޯގެ ފޯވާޑް ޒަކަރިއާ އަބޫކްލާލް، އިދްރީސާ ގުއޭ އާއި ނަންޓޭސްގެ މުސްތަފާ މުހައްމަދު ވެސް ވަނީ "އެލްޖީބީޓީ" އިސްތިހާރު  ކުރާ އެއްވެސް އެއްޗެއް ލައިގެން މެޗްތައް ނުކުޅުމަށް ނިންމާފައެވެ.

]]>
Mon, 15 May 2023 16:20:36 +0500 ނާއިރާ
ބަންގްލަދޭޝް އާއި މިޔަންމާގެ އައްސޭރިފަށަށް ނުރައްކާތެރި ތޫފާނެއް https://heerasnews.com/1381 https://heerasnews.com/1381 ބަންގްލަދޭޝް އާއި މިޔަންމާގެ އައްސޭރިފަށަށް ކެޓަގަރީ 5 ގެ ބާރުގަދަ ތޫފާނެ ކަމަށް ވާ " ސައިކްލޯން  މޯޗާ" އަރަމުން އެބަދެއެވެ.

މި ތޫފާން މޯޗާގައި ވަރަށް ބޯކޮށް ވާރޭވެހި ބާރަށް ވައިޖެހި ވަރަށް ވައިގަދަވާނެވެ. މި ތޫފާނުގެ ބިރުވެރިކަން އެންމެ ބޮޑީ މި ދުނިޔޭގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ކަމަށްވާ ކޮކްސް ބާޒާރަށެވެ. މިތޫފާނުގެ ސަބަބުން މިހާތަނަށް ވަނީ 500 އަށް ވުރެ ގިނަ ހިޔާތައްކަށް ގެއްލުން ލިބިފައިއެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވެ އުދައެރުން ވެސް އެސަރަހައްދަށް ދަނީ ކުރިމަތި ވަމުންނެވެ. ގިނަމީހުން މިހާރު ދަނީ ވަގުތީ ހިޔާތައް ހަދައިގެން އެ ތަންތަނަށް ބަދަލު ވަމުންނެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ބަންގްލަދޭޝްގެ އިރުދެކުނު ސަރަހައްދުން 5 ލައްކައަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިޔާތަކަށް ބަދަލުކޮފައިއެވެ.

ކޮކްސް ބާޒާރުގައި ދިރި އުޅޭ ރެފިއުޖީން ދިރިއުޅެމުން ދަނީ ބޭންބޫއިން ހަދާފައިވާ އަޅޯ ހިޔާތަކުގައެވެ. މި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ކޭމްޕްތަކުގެ ތެރޭގައި ހުރި ކޮމިއުނިޓީ ހިޔާތަކަށް ބަދަލުކޮށްފައިއެވެ. އެ ތަންތަނުން އިތުރު ރައްކާތެރިކަމެއް އެމީހުނަށް ނުލިބޭކަމަށް ހަބަރުތައްލިބެއެވެ.

ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ރެފިއުޖީން ކޭމްޕްތަކުން ބޭރަށް ނުކުތުން މަނާކޮއްފައިއެވެ. އަދި  ދާއިމީ އިތުރު ތަންތަން އެޅުން ވެސް މަނާކޮއްފައިއެވެ.

މި ތޫފާނުގެ އަސަރު މިލިއަނެއްހާ ރޮހިންޔާ ރެފިއުޖީންނަށް ވެސް ދަނީ ކުރިމަތި ވަމުންނެވެ. ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިޔަންމާގެ ރާޚައިން ސްޓޭޓްގައި ގަހެއްވެއްޓި 14 އަހަރުގެ ކުއްޖަކު ވެސް ވަނީ މަރުވެފައިއެވެ. މީގެ އިތުރުން މިޔަންމާގެ އެކި ހިސާބުތަކުގައި އިމާރާތްތައް ހަލާކުވެ ވެއްޓިފައިވާ ކަމަށް ވެސް ރިޕޯޓްތައްބުނެއެވެ.

 

މިތޫފާން ވެގެންދާނީ މި ދިޔަ 20 އަހަރު ތެރޭގައި ބަންގްލަދޭޝްގައި ފެނުނު އެންމެ ބާރުގަދަ ތޫފާން ކަމަށް މޫސުންލަފާކުރާ ފަރާތްތަކުން އިންޒާރު ދީފައިވޭއެވެ.

]]>
Sun, 14 May 2023 22:43:57 +0500 ނާއިރާ
ޓައިވާނަކީ ގައުމެއް: ބާސްކެޓްބޯޅަ ތަރި ޑްވައިޓް ހަވާޑް https://heerasnews.com/1378 https://heerasnews.com/1378 ބާސްކެޓްބޯޅަ ތަރި ޑްވައިޓް ހަވާޑް ވީޑިއޯއެއްގައި ޓައިވާނަކީ "ގައުމެއް" ކަމަށް ބުނުމުން ޗައިނާއިން ވަރުގަދަ ފާޑުކިޔުން ތަކެއް އޭނާއަށް އަމާޒުވެއްޖެއެވެ.

އުމުރުން 37 އަހަރުގެ ހަވާޑް މިހެން ބުނީ ޓައިވާންގެ ނައިބު ރައީސް ވިލިއަމް ލައި ޗިންގްޓޭއާ އެކު ޓައިވާންގެ ރިޔާސީ އޮފީހުގައި އެއް ރޭ ހޭދަކުރުމުގެ ފުރުސަތު ލިބޭ މުބާރާތެއް ޕްރޮމޯޓް ކުރުމަށް ގޮސްހުރެއެވެ.

އަށް ފަހަރު އެންބީއޭ އޯލްސްޓާ ހޯދި ކުޅުންތެރިޔާ ބުނެފައި ވަނީ ޓައިވާނަށް އައި ފަހުން ޓައިވާނަކީ ގައުމެއްގެ ބަލައިގަންނަން މުޅިން އާ ހިއްވަރެއް ލިބިއްޖެކަމަށެވެ. ހަވާޑް މިހެން ބުނުމާއި އެކު ޗައިނާގެ މަޝްހޫރު މައިކްރޯބްލޮގިން ސައިޓް ވެއިބޯގެ ފާޑުކިޔުން ތައް އޭނާޔަށް ކުރިމަތިކުރިއެވެ. ހުކުރު ދުވަހު ޓައިވާންގައި ބޭއްވި އާންމުންގެ ހަރަކާތެއްގައި ވާހަކަ ދައްކަމުން ހަވާޑް ވަނީ އޭނާއަށް ބުނެވުނު ވާހަކަ އޮޅިގެން ނުބައިކޮށް މާނަ ކުރެނީކަމަށް ބުނެފައެވެ.

އެއްވެސް ފަރާތަކަށް ގެއްލުމެއް ދިނުމަކީ އޭނާގެ ނިޔަތް ނޫންކަމަށާއި އެއްވެސް ސިޔާސީ ކަމެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާކަމަށް އޭނާ ބުނެއެވެ. އެހެން ނަމަވެސް އޭނާއަކީ އިންސާނެއްކަމަށާއި ވާހަކަ ދެއްކުމުގެ ހައްގު ވެސް އެބައޮތްކަމަށް އޭނާ ބުންޏެވެ.

ބެއިޖިން އިން ޓައިވާން ދެކެނީ ގަވާއިދާ ހިލާފަށް ވަކިވެންއުޅޭ ޗައިނާގެ ޕްރޮވިންސެއްގެ ބައެއްގެ ގޮތުގައިއެވެ.

]]>
Fri, 12 May 2023 23:00:27 +0500 ނާއިރާ
ފިރިހެން ކުއްޖެއްގެ އިއްފަތްތެރި ކަމަށް އަރައިގަތް މީހަކު ޖަލަށް https://heerasnews.com/1377 https://heerasnews.com/1377 ޔޫއޭއީގައި ފިރިހެން ކުއްޖެއްގެ އިއްފަތްތެރި ކަމަށް އަރައިގަނެ ޖިންސީ ގޯނާކުރި ކަމުގެ ކުށް ސާބިތުވެ މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ. އުމުރުން 11 އަހަރުން ފެށިގެން ފިރިހެން ކުއްޖެއްގެ އިއްފަތްތެރި ކަމަށް އަރައިގަންނަމުން އައިކަން ސާބިތުވި މީހާ މައްޗަށް ހުކުމް ކުރީ ދެލައްކަ ދިރުހަމުން ޖޫރިމަނާކޮށް 20 އަހަރަށް ޖަލަށް ލުމަށެވެ. 

ޔޫއޭއީގެ ކްރިމިނަލް ކޯޓުގައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކީ ސައްޙަ ދައުވާއެއް ކަމަށް ސާބިތުވެފައެވެ. ޝިކާރައަކަށް ވެފައިވާ ކުއްޖާގެ މަންމަ ބުނާގޮތުން ތިމާގެ މީހަކު އޭނާގެ ދަރިފުޅަށް އުމުރުން 11 އަހަރުން ފެށިގެން އެތައް ފަހަރަކު ޖިންސީ ގޯނާ ކުރަމުން ވަނީ އައިސްފައެވެ. 

ތަހުގީގުތަކުން އެނގުނު ގޮތުގައި ދައުވާ ލިބޭ މީހާ ވަނީ ޝިކާރައަކަށް ވެފައިވާ ކުއްޖާއަށް ބިރު ދައްކައިގެން އެކަން ރިޕޯޓް ނުކުރުމަށް ބުނެފައިއެވެ. އަދި މި މީހާއަކީ މަސްތުވާތަކެއްޗާއި ސައިކޯޓްރޮޕިކް މާއްދާތައް ބޭނުން ކުރަމުން އަންނަ މީހެކެވެ.

ދައުލަތުގެ ވަކީލުން ވަނީ ބެލެނިވެރިންނާއި އާއިލާތަކުން ދަރިންނަށް ސަމާލުކަންދީ، ދަރިންނަށް މުއާމަލާތްކޮށް، ދަރިން ބުނާ އެއްޗެހި ރަނގަޅަށް އަޑުއަހަން އިލްތިމާސްކޮށްފައިއެވެ.

]]>
Fri, 12 May 2023 21:44:16 +0500 ނާއިރާ
ޝާހްރުކް ޚާންގެ ދަރިފުޅު ހައްޔަރުކުރި އޮފިސަރު މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް https://heerasnews.com/1376 https://heerasnews.com/1376 ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ކުރީގެ އޮފިސަރު ސަމީރު ވަންޚޭޑޭ ވަނީ މި ދިޔަ އަހަރު އޮކްޓޯބަރ 10 ވަނަ ދުވަހު ކޯޑެލިއާ ކްރޫޒް ބޯޓަކަށް އަރާ މަސްތުވާތަކެތީގެ މައްސަލައެއްގައި އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން ހައްޔަރުކޮށްފައެވެ.

ޝާހްރުކް ޚާންގެ ދަރި ހައްޔަރުކުރި އޮފިސަރާއި، އިތުރު 3 މީހަކު މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް މިހާރު ދަނީ ހިނގަމުންނެވެ. 

ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ހުކުރު ދުވަހު ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގެ ކުރީގެ އޮފިސަރު ސަމީރު ވަންޚޭޑޭ ގެ އިތުރު ތިން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގައި އިންޑިޔާގެ 29 ތަނެއް ބަލައިފާސްކޮށްފައިއެވެ.

މައުލޫމާތު ލިބޭގޮތުން މި މައްސަލަ ފޫބެއްދުމަށް ޝާހުގެ ދަރިފުޅުގެ ކިބައިން 250 މިލިއަން ރުޕީސްއަށް ވަންޚޭޑޭ ޚާންމެން ވަނީ އެދިފައެވެ. އަދި މީގެތެރެއިން މިހާރުވަނީ ފަސް ލައްކަ ރުޕީސް އަދާކޮއްފައެވެ. މި ހަބަރު ސީބީއައިއަށް ލިބުމުން، ލިބުނު މައުލޫމާތާ އެއްގޮތަށް އެ މީހުން ވަނީ ޝައްކުކުރެވޭ ތަންތަން ބަލައި ފާސްކޮއްފައެވެ.

]]>
Fri, 12 May 2023 20:45:22 +0500 ނާއިރާ
އީ&ކޮމާސް ލޮޖިސްޓިކްސް ފެސިލިޓީ ސައުދީއަށް https://heerasnews.com/1370 https://heerasnews.com/1370 މެދު އިރުމައްޗަށް އަމާޒުކޮށް ބިނާކުރެވޭ  ގްލޯބަލް އީ-ކޮމާސް ލޮޖިސްޓިކްސް ފެސިލިޓީ ބިނާ ކުރުމަށް ހަމަޖެހުނީ ސައޫދީ އަރަބިއްޔާގައެވެ. ގްލޯބަލް ޑިސްޓްރިބިއުޝަން ސެންޓަރު ހެދުމުގެ މަސައްކަތް ކުރާނީ ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސީޖޭ ލޮޖިސްޓިކްސް އިންއެވެ. މި ފެސިލިޓީ ހުންނާނީ ރިޔާދުގެ ސްޕެޝަލް އިންޓެގްރޭޓެޑް ލޮޖިސްޓިކްސް ޒޯންގައެވެ. މި ފެސިލިޓީގެ މަސައްކަތް ނިމޭނެ ކަމަށް ވަނީ 2024  ވަނަ އަހަރުއެވެ.

ސައުދީ ސަރުކާރުން މި ޒޯން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމްކުރީ އެމީހުންގެ 2030 ވަނަ އަހަރުގެ ތަސައްވަރެއް ކަމުގައިވަނީ އެމީހުންގެ ރަސްކަމުގެ ގްލޯބަލް ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ގާއިމު ކުރުމެވެ.

މި ޒޯންގެ ލަނޑުދަޑި ބިނާކުރެވިފައި ވަނީ، އެފްރިކާ، އޭޝިއާ އަދި ޔޫރަޕްގެ ބިލިއަން ކްލައިންޓުންނަށް ހިދުމަތް ދެވިގެންދާނެ ގޮތަކަށެވެ. މީގެ ސަބަބުން ސައުދީގެ މަގުސަދެއް ކަމަށްވާ  ކާގޯ ކެޕޭސިޓީ އަހަރަކު 4.5 މިލިއަން ޓަނަށް ވުރެ ބޮޑުތަނުން އިތުރުކުރުމުގެ މަސައްކަތް ފުރިހަމަ ވެގެންދާނެވެ.

]]>
Thu, 11 May 2023 23:00:03 +0500 ނާއިރާ
އަނެއްކަާވެސް ދޯންޏެއް ބަންޑުން ޖަހާލައިގެން މަރުތަކެއް https://heerasnews.com/1367 https://heerasnews.com/1367 ނައިޖީރިއާގެ ހުޅަނގު އުތުރުގައި ދޯންޏެއް ބަންޑުން ޖަހާލައިގެން 15 ކުޑަކުދިން ގެބިގެން މަރުވެފައިވާ ކަމަށް ފުލުހުން ބުދަ ދުވަހު ބުނެފިއެވެ.

މައުލޫމާތު ލިބޭގޮތުން މި ހާދިސާ މެދުވެރިވީ އަންގާރަ ދުވަހު މިކުދިން އާންމުދަނީ ހޯދުމަށް ދަރުހޮވަން ދަނިކޮށް، ދަތުރުކުރަމުން ދިޔަ ބޯޓު ހިސާބަށް ވުރެ ބަރުވެގެންގޮސް ކޯރެއްގެ މެދަށް ބަންޑުން ޖަހާއިލުމާއި ގުޅިގެންނެވެ. މި ކުދިން ދަރުހޮވަން ދަނީ ކޯރުގެ އަނެއްފަޅީގަ އޮންނަ ޖަންގައްޔަށެވެ. 

މި ހާދިސާ ހިނގި ގަޑީގަ އެ ދޯނީގައި 40 ކުދިން ތިބި ކަމަށް ހަބަރުތައް ލިބެއެވެ. މީގެ ތެރެއިން 25 ކުދިން އަދިވެސް ވަނީ ހޯދާނުފެނިފައެވެ. މަރުވެފައިވަނީ 13 އަންހެންކުދިންނާއި 2 ފިރިހެން ކުދިންނެވެ.

ބޯޓުތައް ބަންޑުން ޖެހުމަކީ ނައިޖީރިއާގެ ގިނަ ކޯރު ސަރަހައްދު ތަކުގައި ވަރަށް ވެސް އާންމު ކަމެކެވެ. އެ ހިސާބުގައި ދިރި އުޅޭ މީހުނަށް ދަތުރުފަތުރުގެ މައިގަނޑު ވަސީލަތަކަށް ވެފައި ވަނީ އެމީހުން އަމިއްލިޔަށް އުފައްދާ ދޯނިތަކެވެ. އެހެން ކަމުން އެފަދަ ދޯނި ތަކަކީ ގަވާއިދުން ސަލާމަތީ ކަންކަން ބަލަހައްޓާ ބޯޓު ތަކެއްނޫނެވެ. ނަތިޖާއަކަށް ވެގެން ދަނީ ފުރާނަޔަށް ނުރައްކާ ވާކަހަލަ ބިރުވެރި ހާދިސާތައް ކުރިމަތިވުމެވެ.

]]>
Thu, 11 May 2023 00:23:19 +0500 ނާއިރާ
ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބާސެލޯނާ ދޫކޮށްލަނީ https://heerasnews.com/1366 https://heerasnews.com/1366 ބާސެލޯނާގައި 18 އަހަރު ހޭދަކުރުމަށްފަހު ސީޒަން ނިމުމުން ބާސެލޯނާ ދޫކޮށްލާނެކަން ކެޕްޓަން ސާޖިއޯ ބުސްކެޓްސް ކަށަވަރު ކޮށްދީފިއެވެ.

ސްޕެއިންގެ ކުރީގެ މިޑްފީލްޑަރު، ސާޖިއޯ ބުސްކެޓް 34، ބާސެލޯނާއަށް 718 މެޗު ކުޅެދީފައި ވެއެވެ. މިއީ އެ ކްލަބުގެ ތާރީހުގައި ތިން ވަނައަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާއެވެ.

ބާސެލޯނާ ކްލަބާއެކު ބުސްކެޓްސް ހޯދި ކާމިޔާބުތަކުގެ ތެރޭގައި ލަލީގާގެ އަށް ތަށި ހޯދުމާއި، އެކު ހަތް ކޮޕާ ޑެލްރޭސްއާއި 7 ސްޕެނިޝް ސުޕަ ކަޕް އަދި ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ހިމެނެއެވެ.

ބުސްކެޓްސް ބުނެފައިވާ ގޮތުން އޭނާގެ މި ނިންމުމަކީ ފަސޭހަ ނިންމުމަކަށް ނުވި ނަމަވެސް މިހާރު ވަގުތުއައިސް ޖެހިއްޖެއެވެ. ބާސާގައިކުރި ދަތުރަކީ ހަނދާން ނައްތާނުލެވޭނެ ދަތުރެއްކަމަށް އޭނާ ބުނެއވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ އޭނާ އަބަދުވެސް ހުވަފެނުގައި ދެކެމުން އަންނަނީ ބާސެލޯނާ ޓީޝާޓާއި އެތާގެ ދަނޑުގައި ކުޅޭތަން ކަމަށެވެ. އޭނާގެ ހުރިހާ ހުވަފެނަތަކެއް މިހާރުވަނީ ހަގީގަތުގައި ހާސިލް ވެއްޖެ ކަމަށް ދެކެއެވެ. ފުރަތަމަ ދުންވަހުން ފެށިގެން ފަހު ދުވަހާ ޖެހެންދެން އޭނާއަށް މިކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތް ތަކަށް އޭނާ ޝުކުރު އަދާކޮއްފައިވެއެވެ.

ބުސްކެޓްސް އެންމެ ފުރަތަމަ ބާސާއަށް ކުޅެން ނުކުމެފައިވަނީ 2005 ވަނަ އަހަރު ޒުވާން ކުޅުންތެރިއެއްގެ ގޮތުގައިއެވެ. އޭނާގެ މި ދަތުރު ނިމުމަކަށް ދާއިރު އޭނާވަނީ ތިން ޔޫރަޕިއަން ސުޕަ ކަޕާއި ތިން ކްލަބް ވޯލްޑް ކަޕް ވެސް ކާމިޔާބުކޮށްފައިއެވެ. މިހާރު އޭނާ ހުރީ ނުވަ ވަނަ ލީގު ޗެމްޕިއަންކަން ހޯދައިގެން ބާސެލޯނާގެ ކެރިއަރު ނިންމާލުމުގެ މަގުމަތީގައެވެ.

ބުސްކެޓްސް ކޭމްޕް ދޫކޮށްލަން ނިންމިކަން އިއުލާން ކުރަމުން ބާސެލޯނާއިން އޭނާ ސިފަކޮށްފައިވަނީ "މިހާތަނަށް ކްލަބް ތަމްސީލުކުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ"ގެ ގޮތުގައެވެ. ސީނިއާ ޓީމާއެކު ބުސްކެޓްސް ހޭދަކުރި 15 އަހަރުގެ ތެރޭގައި އޭނާ ވަނީ 18 ގޯލް ޖަހައި 40 އެސިސްޓް ދީފައެވެ. 

ހުސްވި އަހަރު ޑިސެމްބަރު މަހު ސްޕެއިންގެ ކުރީގެ ކެޕްޓަން ބުސްކެޓްސް ވަނީ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފައެވެ. ބުސްކެޓްސް ވަނީ ގައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްކުޅެފައެވެ. އަދި 2012 ވަނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިއެވެ. 

]]>
Wed, 10 May 2023 19:57:38 +0500 ނާއިރާ
ވިދްޔާ ބާލަން އެނބުރި ބޮޑު ސްކްރީނަށް https://heerasnews.com/1354 https://heerasnews.com/1354 މިޝަން މަންގަލްއަށް ފަހު ހަތަރު އަހަރު ފަހުން އެކްޓަރު ވިދްޔާ ބާލަން އަނެއްކާ ވެސް ބޮޑު ސްކްރީނަށް އެބަ އާދެއެވެ. އަންނަން ހަމަޖެހިފައިވަނީ އޭނާގެ އެންމެ ފަހުގެ ފީޗާ "ނީޔަތު" އާ އެކުގައެވެ. މަރުގެ މިސްޓަރީގައި ފެނިގެންދާނީ ޝަކުންތަލާ ދޭވީގެ ޓީމު ޑައިރެކްޓަރު އަނޫ މެނޯންއާއި ގުޅިގެން ފިލްމުގެ ލީޑް ކުރާތަނެވެ.

"ހޫޑަންނިޓް"ގެ ގޮތުގައި ބިލްކޮށްފައިވާ ނީޔަތުގަ ކިޔައިދެނީ ބިލިއަނަރެއްގެ ޕާޓީއެއްގައި އެއްވެސް ކަމެއް ކުރިހެން ހީނުވާ ގޮތަށް ސިއްރުން މަރުގެ މައްސަލަތައް ތަހުގީގުކުރާ ބަލާން ކުޅޭ ޑިޓެކްޓިވްއެއްގެ ގްރިޕިން ސަސްޕެންސް ވާހަކައެކެވެ.

މި ފިލްމުގައި ރާމް ކަޕޫރާއި ރާހުލް ބޯސް އާއި ނީރާޖް ކަބީ އާއި ޝަހާނާ ގޮސްވާމީ އާއި އަމްރިތާ ޕޫރީ އާއި ދިޕަނީތާ ޝަރްމާ އާއި ނިކީ ވާލިއާ އާއި ޝަޝަންކް އަރޯރާ އާއި ޕްރަޖަކްތާ ކޯލީ އަދި ދާނޭޝް ރަޒްވީ ވެސް ފެނިގެންދާނެއެވެ.

ޖުލައި 7 ގައި ސިނަމާ ތަކަށް ރިލީޒް ކުރާ މި ފިލްމު ނީޔަތު ތައްޔާރުކޮށްފައި ވަނީ އަނޫ މެނޯން، ޕްރިޔާ ވެންކަޓަރަމަން، އަދުވައިތާ ކާލާ އަދި ގިރްވާނީ ދިޔާނީ އާއި އެކު ކައުސަރ މުނީރުގެ ޑައިލޮގްތަކާއެކުގައެވެ.

]]>
Tue, 09 May 2023 15:17:19 +0500 ނާއިރާ
ދޯންޏެއް ބަންޑުން ޖަހާލައިގެން އެތައްބަކު މަރުވުން https://heerasnews.com/1353 https://heerasnews.com/1353 އިންޑިއާގެ ދެކުނު ކެރެލާ ސްޓޭޓުގައި އާދީއްތަ ދުވަހު ދޯންޏެއް ޗަކަ ފެންގަޑެއްގެ ތެރެއަށް ބަންޑުން ޖެހި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 22 މީހަކު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ މެދުވެރިވާން ދިމާވި ގޮތަކީ ބޯޓް ތޮއްޖެހުމުގެ ސަބަބުން ޑަބަލް ޑެކަރ ދޯނި ބަންޑުން ޖަހާލލުމެވެ.

އާދީއްތަ ދުވަހުގެ ރޭ ދޯނި ފުރޮޅާލިއިރު 50 ވަރަކަށް މީހުން އެ ދޯނީގައި ތިއްބެވެ. އެއީ ކެޕޭސިޓީއަށްވުރެ ދެގުނައަށް މީހުން އަރުވައިގެން ކޮށްފައިވާ ދަތުރުކުރެއް ކަމަށް ފުލުހުން ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުން މި ދޯނީގެ ވެރިފަރާތް އުޅެނީ އެ ހާދިސާގެ ފަހުން ފިލައިގެންނެވެ. އެހެން ނަމަވެސް ފުލުހުންނަށް ވަނީ ހޯމަ ދުވަހު އޭނާގެ މައްޗަށް މީހުންތަކެއް މަރާލުމުގެ މައްސަލަ ރަޖިސްޓްރީކޮށްފައެވެ.

ފަތުރުވެރިން ދަތުރުކުރަމުން ދިޔަ ދޯނި ބަންޑުން ޖަހާފައި ވަނީ މަލަޕޫރަމް ޓޫވަލްތިރަމް ބީޗް ކައިރިން އާދީތަ ދުވަހު އެތާ ގަޑިން  7:30 ހާއިރުއެވެ. ބޯޓުގައި ތިބި މީހުންގެ ސީދާ އަދަދެއް އޮފިޝަލުންނަކަށް ވެސް ނޭނގެއެވެ. ނަމަވެސް ބޯޓު ފުން ޗަކަ ފެންގަނޑުން ދަމައިގަތުމުން މަރުވި މީހުންގެ އަދަދު ގާތްގަނޑަކަށް 35އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެއެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޮފިޝަލަކު ވިދާޅުވިގޮތުގައި 10 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވެއެވެ. ފަސް މީހަކު ފަތާފައި އެގަމަށް އަރާފައިވެއެވެ.

ސަރަހައްދީ އޮފިޝަލުން ހޯމަ ދުވަހު ބުނެފައި ވާގޮތުން އިންޑިއާގެ ކަނޑުގެ ސިފައިން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި މިހާރު ވަނީ  ބައިވެރިވެފައެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ބޮޑުވަޒީރުގެ ގައުމީ ރިލީފް ފަންޑު (ޕީއެމްއެންއާރުއެފް) އިން ބަދަލު ދިނުމަށް އިއުލާން ކުރައްވައި، މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. މަރުވި މީހުންގެ އާއިލާތަކަށް ހާއްސަ އެހީއެއްގެ ގޮތުގައި ޕީއެމްއެންއާރުއެފް އިން 2 ލައްކަ ރުޕީސް (2،446 ޔޫއެސްޑީ ޑޮލަރު) މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ފޯރުކޮށްދެވޭނެ ވާހަކަ ވެސް ވިދާޅުވެފައިވެއެވެ.

]]>
Tue, 09 May 2023 15:00:41 +0500 ނާއިރާ
ސާބިއާގައި އަނެއްކާ ބަޑިޖަހައިގެން 8 މީހުން މަރައިފި https://heerasnews.com/1343 https://heerasnews.com/1343 ސާބިއާގައި ސްކޫލްކުދިން ތަކެއްގެ ގަޔަށް ބަޑިޖެހުމުގެ ހަމަލާއަށް ފަހު އަނެއްކާވެސް ބަޑި ޖެހުމުގެ އިތުރު ހަމަލާއެއް ހިނގައިފިއެވެ.

ބެލްގްރޭޑްގެ ދެކުނުގައި އޮންނަ އަވަށެއްގައި ކާރެއްގައި ދުއްވަމުން ދިޔަ މީހަކު، މަގުމަތިން ދިޔަ ބައެއްގެ ގަޔަށް ބަޑިޖަހާ 8 މީހަކު މަރުވެފައިވާއިރު، 14 މީހަކު ޒަހަމްވެފައިވެއެވެ. މިއީ މިފަދަ ހިތާމަވެރި ހާދިސާތައް މަދުން ނޫނީ ނުފެންނަ ސާބިއާގައި ހަފްތާއެއްގެ ތެރޭގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ދުއްވަމުން ހަމަލާ ދިނުމުގެ އަމަލެއް ހިންގާފައި މިވަނީ ބުދަ ދުވަހު ސްކޫލު ކުއްޖަކު ބަޑިޖަހައި އަށް ކުދިންނާއި ސެކިއުރިޓީ ގާޑަކު މަރާފައި ވަނިކޮށެވެ.

ބުރާސްފަތި ދުވަހުގެރޭ ބަޑިޖެހުން ހިނގާފައި ވަނީ ވެރިރަށް ބެލްގްރޭޑްގެ ދެކުނުން 50 ކިލޯމީޓަރު (30 މޭލު) ދުރުގައި އޮންނަ މްލަޑެނޮވާޗް ކައިރީގައެވެ.

ދައުލަތުގެ އާރުޓީއެސް ޓީވީން ބުނިގޮތުގައި ބަޑިޖެހި ކަމަށް ޝައްކު ކުރެވޭ އުމުރުން 21 އަހަރުގެ މީހާ ފުރަތަމަ ބަޑިޖަހާފައި ވަނީ ދޫބޯނާ އަވަށުގެ ސްކޫލް ގޯތިތެރެއަށް ކަމަށާއި އެ ސަރަހައްދުގައި އޭރު ހަރަކާތްތެރިވި އެހެން މީހުންނާ އެކު ފުލުހަކާއި އޭނާގެ ކޮއްކޮ މަރާލާފައިވާ ކަމަށެވެ. ދެން އެއަށްފަހު ބަޑިޖެހި މީހާ ދިޔައީ ކައިރީގައި އޮންނަ މާލީ އޮރާސްޖޭ އާއި ސެޕްސިން ރަށްތަކަށެވެ.

ޑޫބޯނާގެ ރައްޔިތެއް ކަމަށްވާ ޒްވޮންކޯ މްލަޑެނޮވިޗް ނިއުސްތަކަށް ކިޔައިދިން ގޮތުގައި އަހަރެމެންނަށް ހަވީރު ބަޑިޖަހާ އަޑު އިވުނު ނަމަވެސް އަހަރެން ހީކުރީ އެއީ ފަޔަރވޯކްސް ކަމަށް. ކުޑަކުދިން މޮޔަކަމުން ކުރާކަމެއް ކަމަށް. މިކަހަލަ ކަމެއް ދިމާވެދާނެ ކަމަކަށް އަހަރެންގެ ހިތަކަށް ވެސް ނާރާ،”

ފުލުހުން ވަނީ މިހާރު ބަޑިޖަހަމުން ދިޔަ މީހާ ހައްޔަރުކޮފައެވެ. ފުލުހުން ބުނާގޮތުގައި މިމީހާ ހައްޔަރުކޮފައިވަނީ ފިލައިގެން އުޅެނިކޮށް ސެންޓްރަލް ސިޓީ އެއް ކަމަށްވާ ކްރަގުޖެވާކް ކައިރިން ކަމަށާއި ހަމަލާތައް ދިން ތަނާއި ގާތްގަނޑަކަށް 90 ކިލޯމީޓަރު (56 މޭލު) ދުރުން ކަމަށެވެ. އޭނާ ހައްރު ކޮށްފައިވަނީ އޭނާގެ އާއިލާގެ މީހެއް ގެއިންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހަތަރު ބޮމާއި ގިނަ އަދަދެއްގެ ގަވާއިދާ ހިލާފު ހަތިޔާރާއި ވަޒަންތަކަކާއި އެއްކޮށެވެ.

ސާބިއާގެ އިންޓީރިއާ މިނިސްޓަރު ބްރެޓިސްލާވް ގާސިޗް ވަނީ މި ބަޑިޖެހުމަކީ "ޓެރަރިސްޓް އަމަލެއް" ކަމަށް ވިދާޅުވެފައެވެ.

]]>
Sun, 07 May 2023 13:56:53 +0500 ނާއިރާ
13 އަހަރުގެ ކުއްޖަކު އޭނާގެ ކުލާސް ކުދިންތަކެއް މަރާލައިފި https://heerasnews.com/1342 https://heerasnews.com/1342 ސާބިއާގެ ވެރިރަށް ބެލްގްރޭޑްގެ ސްކޫލެއްގައި މިދިޔަ ބުދަ ދުވަހު 13 އަހަރުގެ ކުއްޖަކު އޭނާގެ ކުލާސް ކުދިން ގަޔަށް ބަޑިޖަހައި ބަލްކަންގެ އެ ގައުމު ހިތާމައެއްގެ ތެރެއަށް ވައްޓާލައިފިއެވެ. މި ބިރުވެރި ހާދިސާ ހިނގާފައި ވަނީ ބުދަ ދުވަހުގެ ހެދުނު ކްލާސްތައް ކުރިއައްގެން ދަނިކޮށް، ސާބިއާގެ ވެރިރަށުގެ މަޝްހޫރު ސްކޫލެއް ކަމަށްވާ ރިބްނިކާ އެލިމެންޓަރީ ސްކޫލުގައެވެ.

މައުލޫމާތު ލިބިފައިވާގޮތުން ސްކޫލަށް މި ކުއްޖާ ވަނުމަށް ފަހު ވަގުތުން ދަބަހުން ފިސްތޯލަ ނަގައި ސްކޫލްގެ ސެކިއުރިޓީ ގާޑެއް ކަމަށްވާ ބެލްގްރޭޑްގެ ފުލުހުންގެ ޗީފް ވެސެލިން މިލިޗް ގަޔަށް ބަޑިޖަހާފައިވެއެވެ. މިކުއްޖާ ދެން ގޮސް ޑިއުޓީގައި ހުރި ސްޓާފް މެމްބަރު ކައިރިއަށް ގޮސް އޭނާގެ މޭޒު ކައިރީގައި އިށީނެވެ. ވަރަށް ހަމަޖެހިލައިގެން އިށީދެގެން އިދެފައި އޭނާގެ މޭޒުކައިރީގައި އިން އަންހެން ކުއްޖާއާއި ޕިއާނޯއެއްގެ ކައިރީގައި ހުރި އަންހެންކުއްޖާގެ ފުރާނަ ދުއްވާލިއެވެ.

އެއަށްފަހު މި ކުއްޖާ ބަޑިޖަހަމުން ކޮރިޑޯއިން ފައިބައިގެން ހިސްޓްރީ ކުލާހާއި ދިމާލަށް ދިޔައެވެ. ކުލާސްއަށް ނުވަދެ  ދޮރުކުރިމަތިން ޓީޗަރާއި އޭނާގެ އެކުވެރި ދަރިވަރުން ތަކަކަށް ބަޑިޖަހިއެވެ. އެޔައްފަހު ކްލާސްރޫމުން ނުކުމެ، ސިޑިދަށަށް ހަތިޔާރު އެއްލާލަމުށް ފަހު ސްކޫލް ގޯތިތެރެއައް ގޮސް އޭނާ އަމިއްލައަށް ފުލުހުންނަށް ގުޅައިގެން ހައްޔަރު ކުރެވެންދެން އެތާ މަޑުކޮށްލައިގެން ހުރިކަމަށް އޮފިޝަލުން ބުންޏެވެ.

މި ހާދިސާގައި ހަތް އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު މަރުވެފައިވާ ކަމަށް ވެއެވެ. އިތުރު ހަ ކުދިންނާއި ޓީޗަރަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް ސާބިއާގެ މިނިސްޓްރީ އޮފް އިންޓަރނަލް އެފެއާޒުން ބުނެފައިވެއެވެ. އޭނާގެ އަތުގައި ދެ ބަޑި އޮތް ކަމަށް ސާބިއާގެ އިންޓީރިއާ މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވިއެވެ.

މި ބަޑިތައް އެ ކުއްޖާ ހޯދައިފައިވަނީ އެ ކުއްޖާގެ ބެލެނިވެރިޔާ ހަތިޔާރުތައް ރައްކާކޮފައިހުރި ތިޖޫރީގެ ކޯޑު ބްރޭކުކޮއްގެނެވެ. މި ކުއްޖާ އަތުގައި އޮތް 3 ފުރޭމުގެ ތެރެއިން ކޮންމެ ފްރޭމެއްގައި 15 ވަޒަން ފުރިފައިވާ ވާކަމަށް ކަމާބެހޭފަރާތްތަކުން މައުލުމާތު ދީފައިވެއެވެ. މި މައްސަލާގަ މި ކުއްޖާގެ މައިބަފައިންވެސް ވަނީ ހައްޔަރުކޮއްފައެވެ.

ޕީޖީ އޮފީހުން ވަނީ ފިރިހެން ކުއްޖާގެ ލޭ ޓޮކްސިކޮލޮޖިކަލް އެނަލިސިސްއަށް ނަގާފައިއެވެ. އެއީ ބަޑިޖެހި ވަގުތު ބަނގުރާ، މަސްތުވާތަކެތި ނުވަތަ އެހެން ސައިކޯއެކްޓިވް މާއްދާތަކެއްގެ ނުފޫޒުގައި ހުރިތޯ ބެލުމަށް ކަމަށް މައުލޫމާތުލިބެއެވެ.

]]>
Sun, 07 May 2023 13:34:42 +0500 ނާއިރާ
މޮރޮކޯގެ އެލް މޮރަބިޓީ ސަހަރާ މެރެތަން ކާމިޔާބުކޮށްފި https://heerasnews.com/1337 https://heerasnews.com/1337 37 ވަނަ "މެރެތަން ޑެސް ސޭބަލްސް، އަ ޑެޒާޓް އަލްޓްރާ-ޓްރައިލް އިން ސެލްފް-ސަފިޝިއެންސީ" (250) ކިލޯ މީޓަރުގެ ރޭސް މޮރޮކޯގެ މުހައްމަދު އެލް މޮރަބިޓީ ކާމިޔާބުކޮށްފިއެވެ. މިރޭސް ކުރިއަށް ގެން ގޮސްފައިވަނީ އެފްރިކާގެ 40.5 ޑިގްރީ ސެލްސިއަސް ހޫނު ސަހަރާގައެވެ. އެލް މޮރަބިޓީ ވަނީ އެންމެ ފަހު ސްޓޭޖުގައި އޭނާގެ ޓީމުގެ އަޒީޒް ޔަޗޫ 2:54 މިނިޓްގެ ތަފާތުން ބަލިކޮށް އެއްވަނަ ހޯދާފައެވެ.

މުހައްމަދު އެލް މޮރަބިޓީ ފުރަތަމަ ފަހަރަށް ސަހަރާ އަލްޓްރާ ޓްރޭލް އިން ސެލްފް-ސަފިޝިއެންސީ ކާމިޔާބު ކުރީ އޭނާގެ ބޭބެ ރާޝިދާ ވާދަކޮށް ފަސް ފަހަރު ދެވަނަ ހޯދުމަށްފަހުގައެވެ.

"އަހަރެންގެ ބޭބެއަށްޓަކައި އަހަރެން ވަރަށް ދެރަވޭ" އެލް މޮރަބިޓީ އޭނާގެ މޮޅަށް ފަހު ބުންޏެވެ. "އޭނާ މޮޅުވާން ޖެހޭނީ އެކަމަކު މިއީ ކަން އޮތް ގޮތް، އަންނަ އަހަރު އިންޝާالله".

10 ވަނަ ފަހަރަށް ޗެމްޕިއަންކަން ހޯދުމަށް އަޒުމް ކަޑައަޅައިގެން ހުރި ރާޝިދު އެމްޑީއެސްގެ ކެރަވަން ދޫކޮށްލީ ހަތަރު ވަނަ ސްޓޭޖުގައި ރޭހުން ބޭރުން މީހެއްގެ އެހީ ހޯދުމާގުޅިގެން ލިބުނު ތިން ގަޑިއިރުގެ ޕެނަލްޓީއާ ގުޅިގެންނެވެ.

]]>
Fri, 05 May 2023 22:03:08 +0500 ނާއިރާ
ޓިބެޓުގެ ހޮޓަލެއްގައި ޗައިނާ މީހަކު ނިދި އެނދު ދަށުން މައްޔިތެއް https://heerasnews.com/1336 https://heerasnews.com/1336 ޓިބެޓުގެ ހޮޓަލެއްގައި ޗައިނާ މީހެއްގެ އެނދު ދަށުން މަރުވެފައިވާ މީހަކު ފެނި ތަހުގީގުކޮށް ޝައްކު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން މިދިޔަ އޭޕްރީލް މަހު 21 ގައި މިސްޓަރ ޒާންގް  ނަމަކަށް ކިޔާމީހަކު ލާސާގައި ހުންނަ ގުޒާންގް ޝުހުއާ ނަމަކަށް ކިޔާ ހޮޓަލަކަށް ޗެކިންވީ އިރުވެސް ވަރަށް ވަރުގަނޑަ ވަހެއް އެ ހޮޓަލުގަ ހިފާފައި ހުއްޓެވެ.

ހަށިގަނޑު ފެނިފައިވަނީ އޭނާ ތިން ގަޑިއިރު ވަންދެން ނިދާފައި އޮތް އެނދުގެ ދަށުންނެވެ. އެރޭގެ ވަގުތެއްގައި ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ހޮޓާލަކީ ފަނޑު ފަނޑު ލައިޓްތަކާއި ލަކުޑި ބެލްކަނީތަކާއެކު ފޮޓޯ ނެގުމަށް ރަނގަޅު ތަނެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި މަގުބޫލު ވަމުންއަންނަ އިންފްލޫއެންސަރ ހޮޓަލެކެވެ.

މިސްޓަރ ޒާންގް އޭނާ ހޭދަކުރި ރިވިއުއެއް އޮންލައިންކޮށް ޕޯސްޓްކުރި ނަމަވެސް އެ ރިވިއުއަށް މާބޮޑު ސަމާލުކަމެއް ނުލިބުނެވެ. އޭގެފަހުން 28 އޭޕްރީލްގައި އެހެން ޔޫޒަރަކު އެ ރިވިއުގެ ސްކްރީންގްރެބެއް ނަގާފަ ސޯޝަލް މީޑިއާގައި ހިއްސާކުރުމުން މި ޕޯސްޓަށް އެ ހޮޓަލުން ރައްދުދީ، އެ ހާދިސާ އެއްކޮށް ދޮގުކޮށްފައިވެއެވެ.

އެހެންކަމުން މިސްޓަރ ޒާންގް ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށް، އޭނާ އެ ހޮޓަލުގައި ހުރިކަމުގެ ހެކީގެ ގޮތުގައި ރަސީދެއް ހިމަނާފައެވެ. އެއާއެކު މި ހަބަރު ވަނީ ލޯކަލް މީޑިއާގެ ސަމާލުކަން ލިބިފައެވެ.

މިސްޓަރ ޒާންގް އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުން އޭނާ އަދިވެސް ވަރަށް ބިރުގަނެއެވެ. އަދިވެސް ނިދަން އުނދަގޫވެއެވެ.

އޭނާ ބުނީ ކޮޓަރިއަށް ވަދެ ދެތިން ގަޑިއިރު ވަންދެން އަރާމުކޮށް، އެނދުގައި ނިދާފަ އޮވެފަ ލޯކަލް ގަޑިން 15:30 ހާއިރު ބޭރަށް ނުކުމެގެން ދިޔަ ކަމަށެވެ. އޭނާ އެނބުރި އައީ އޭގެ ދެތިން ގަޑިއިރު ފަހުން ރޭގަނޑުގެ ކާގަޑި ޖެހުމުން ކާށެވެ. އޭނާއަށް އަނެއްކާ ވެސް އެ ވަސް ފާހަގަ ކުރެވުނު ނަމަވެސް ހީކުރީ އެއީ ކޮޓަރީގެ ހޫނުކުރުމަށް ހަރުކޮއްފައި ހުންނަ ހީޓަރުގެ ސަބަބުން ތިރީ ބުރިން އަންނަ ވަހެއް ކަމަށެވެ.

ކެއުމަށްފަހު އެނބުރި ކޮޓަރިއަށް ދިއުމުން ވަސް ދުވާލެއް ބޮޑުކަމުން އޭނާ އެދުނީ އެހެން ކޮޓަރިއަކަށް ބަދަލު ކުރުމަށެވެ.

އެރޭ ދަންވަރު ހޮޓަލުގެ މުވައްޒަފުން މިސްޓަރ ޒާންގް ބަދަލުވި ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިގެން ނެރެ އޭނާ ހުސްކުރި ކޮޓަރިއަށް ތިރިއަށް އައުމަށް އެދުނެވެ. ތިރިއަށް ފޭބިއިރު ފުލުހުން އެތަނުގައި މަޑުކޮށްގެން ތިއްބެވެ. އެ މީހުން އޭނާގެ ބަޔާން ރެކޯޑްކޮށް، އަދި އޭނާގެ ޑީއެންއޭ ސާމްޕަލް ނެގިއެވެ. އޭނާ ބުނާ ގޮތުގައި ފުލުހުން ވަނީ އޭނާކައިރީގަ ކަންބޮޑު ނުވުމަށް ބުނެފައެވެ. އަދި  އެމީހުންގެ ތަހުގީގުގެ ތެރެއިން މީހަކު ހައްޔަރު ކޮއްފައިވާކަން ފާހަގަކޮއްފައިވެއެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ލަންޒޫ ސިޓީއަށް ދިޔަ ރޭލެއްގައި އިން ޝައްކު ކުރެވޭ މީހާ ހައްޔަރު ކުރި ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

މިސްޓަރ ޒާންގް ބުނީ އޭނާގެ ތަޖުރިބާ އާންމު ކުރަން ފަސްޖެހުނު ނަމަވެސް އެކަން ކުރަން މަޖުބޫރުވީ އެ ހޮޓަލުން އިންކާރު ކުރުމާއި ސޯޝަލް މީޑިއާގައި އޭނާ އެ ހާދިސާ ހަދަހަދައިގެން ދައްކަމުން އަންނަ ކަމަށް ތުހުމަތު ކުރުމުން ކަމަށެވެ.

]]>
Fri, 05 May 2023 21:33:08 +0500 ނާއިރާ
އަރަބި ދުނިޔޭގެ ފުރަތަމަ އެސްޓްރޮނޯޓް: އަލް ނެޔާދީ https://heerasnews.com/1329 https://heerasnews.com/1329 ޔޫއޭއީގެ އެސްޓްރޮނޯޓްއެއް ކަމައްވާ، ސުލްތާން އަލް ނެޔާދީ 28 އޭޕްރީލް 2023ގައި ކުރި ސްޕޭސްވޯކްއާއި އެކު އޭނާ ވެގެން ދިޔައީ ސްޕޭސްވޯކް ކުރި ފުރަތަމަ އަރަބި އެސްޓްރޮނޯޓްއަށެވެ.

ދުނިޔޭގެ ބިމުން 408 ކިލޯމީޓަރު މަތީގައި ސްޕޭސްވޯކް ކުރުމުން އޭނާ ވެގެންދިޔައީ ތާރީހުގައި ވެސް އެންމެ މަތީ އުދުހުނު އަރަބި ރައްޔިތެކަށެވެ.

އުމުރުން 41 އަހަރުގެ އަލް ނެޔާދީ ވަނީ އެސްޓްރޮނޯޓްކަމަށްވާ ސްޓީވަން ބޯވެން އާއި އެކު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގެ ބޭރަށް ހަ ގަޑި އިރާ ބައި ވަންދެން ދަތުރުކޮށްފަ އެވެ. އެމީހުންގެ މިޝަންގައި ހިމެނެނީ އޯބިޓްވަމުން އަންނަ ސައިންސް ލެބޯޓްރީގެ ބޭރުގައި އިންސްޓޯލްކޮށްފައިވާ މުވާސަލާތީ ހާޑްވެއާ ބަދަލުކުރުމެވެ.

]]>
Thu, 04 May 2023 01:27:48 +0500 ނާއިރާ
24 އަހަރު ފަހުން ދަރިއެއްލާލި މަންމަ ޖަލަށް https://heerasnews.com/1328 https://heerasnews.com/1328 24 އަހަރުގެ ދިގު މުދަތަކަށް ފަހު އުމުރުން 51 އަހަރުގެ ޖެނިފާ މެޓާއަށް ވަނީ މި މަހު 27 ވީ ހުކުރު ދުވަހުގައި 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާއަށް މި ހުމް އިއްވާފައި ވަނީ 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު މެތޮޑިސްޓް ބީޗުގެ އައްސޭރިފަށުން ފެނުނު އޭނާގެ ތުއްތު ފިރިހެން ކުއްޖާ މަރާލި މައްސަލައިގައި މި އަހަރު ޖެނުއަރީ މަހު ގަސްތުގައި މަރާލި ކަމަށް ބުނެ އިއުތިރާފުވުމުންނެވެ. "އަހަރެން [ތުއްތު ކުއްޖާ] މޫދުކައިރީގަ ބާވާފައި އަހަރެންގެ ކާރަށް އަރައި، އެނބުރި އައުމުގެ ވިސްނުމެއް ނެތި ދުއްވައިލީމެވެ،" އިއުތިރާފު އެއްބަސްވުމުގައި މެޓަރ ބުންޏެވެ.

މި ތުއްތު ފިރިހެން ކުއްޖާ އޮތީ މިސިސިޕީ ކޯރުގެ އައްސޭރީގައި ފޫޅުދަނޑި ހަށިގަނޑުގެ މެދުގައި އޮޅާލައިގެންނެވެ. ތުއްތު ކުއްޖާ މަރުވީ މީހަކު މަރާލުމުގެ ސަބަބުން ކަމަށާއި ނަމަވެސް އޭނާ މަރާލި ގޮތެއް ނޭގޭކަމަށް ދައުވާގައިވެއެވެ. މެޓަރ ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ މެއި މަހު ގައެވެ. އޭނާގެ ދަރިފުޅު މަރާލި މައްސަލައިގައި ދެވަނަ ދަރަޖައިގެ މަރުގެ ދެ ދައުވާއެއް އުފުލާފައިވާ ކަމަށް ވެއެވެ.

މެޓަރ އިއުތިރާފުގައި އެއްބަސްވެފައިވާ ގޮތުން އޭނާ ބަލިވެ އިން ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނެއެވެ. އަދި އެވާހަކަ ފޮރުވިއެވެ. އަދި ދަރިފުޅު ވިހެއުމަށް ފަހު ކުއްޖާ ވުޖޫދަށް އައި ވާހަކަވެސް އަދި އެކަހެރި ގޮނޑުދޮށަކަށް އެއްލާލި ކަމެއް އެއްވެސް މީހަކަށް ނޭގޭނެ ކަމަށް އެއްބަސް ވެފައިވެއެވެ.

މި ދައުވާގެ ލިޔެކިޔުން ތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ނޮވެމްބަރު 4، 1999 ގައި ރެޑް ވިންގް ކައިރީގައި އޮންނަ މިސިސިޕީ ކޯރުގެ ލޯވަރ ބޯޓް ހާބަރުގައި އަލަށް އުފަން އަންހެން ކުއްޖަކު މަރުވެފައި އޮއްވާ ފެނުނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ޑީއެންއޭ މެދުވެރިކޮށް ޓެސްޓު ކޮށްފައި ކަނޑައެޅީ އެ ތުއްތު އަންހެން ކުއްޖާއަކީ ވެސް މެޓަރގެ ދަރިއެއް ކަމަށެވެ. މި ހާދިސާއާ ގުޅިގެން މި ވަގުތު އެއްވެސް އެހެން ދައުވާއެއް އުފުލާފައެއް ނުވެއެވެ.

]]>
Thu, 04 May 2023 01:00:08 +0500 ނާއިރާ
ގުދުސުން ހައްޔަރުކުރި ތުރުކީ އަންހެނާ ދޫކޮށްލައިފި https://heerasnews.com/1292 https://heerasnews.com/1292 ގުދުސުން ހައްޔަރު ކުރި ތުރުކީ އަންހެން މީހާ ދޫކޮށްލާފައިވާ ކަމަށް ތުރުކީގެ ފޮރިން މިނިސްޓްރީން ވެސް ބުނެފިއެވެ. މުތުލޫ ނަމަކަށް ކިޔާ ތުރުކީގެ 24 އަހަރުގެ އަންހެނާ އިޒްރޭލު ފުލުހުން ހައްޔަރުކުރީ އިރުމަތީ ގުދުސްއިންނެވެ. އަލް އަގްސާ މިސްކިތް ކޮމްޕްލެކްސްގެ ތެރޭގައި މުތުލޫ ކީރިތި ޤުރްއާން ކިޔަވަމުން ދަނިކޮށް އޭނާ އެތަނުން ނެރެން އުޅުމުގެ ތެރޭގައެވެ. 

އިސްރާއީލުގެ ފުލުހަކު އޭނާ އެތަނުން ބޭރުކުރުމުގެ ގޮތުން އޭނާގެ ދަބަހުގައި ހިފާ ދަމާފައި މިސްކިތުގެ އިރުމަތީގައި އޮންނަ ބާބުލް ރަހުމާ ގޭޓުން ބޭރަށް ނެރުމުން ދަބަސް ހޯދުމަށް ފުލުސް އޮފިސަރު ފަހަތުން ދުއްވައިގަތުމުން ފުލުހުން އޭނާ ހައްރު ކުރީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުތުލޫއަށް މިހާރު ވަނީ މާތް ވެގެންވާ އަގްސާ މިސްކިތައް ވަނުން ހަފްތާއެއްހާ ދުވަހަށް މަނާކޮއްފައެވެ. ގުދުސްގައި ހުންނަ ތުރުކީގެ ކޮންސިއުލޭޓުން ވަނީ މުތުލޫ އެއިދާރާއަށް ސަލާމަތުން ގެންދެވޭނެ ކަމުގެ ޔަގީންކަން ދީފައެވެ

އަންކާރާގައި ހުންނަ އިސްރާއީލުގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އަންހެން މީހާ "ކުރު މުއްދަތަކަށް ބަންދުކޮށްފައި ވަނީ" ޑިއުޓީގައި ހުރި ފުލުހަކަށް ހުރަސް އެޅި މައްސަލައިގައި ކަމަށެވެ. އަދި އެ ފަތުރުވެރިޔާ މިހާރު ވަނީ ދޫކޮށްލާފައި ކަމަށާއި މިހާރު އޭނާ އިސްރާއީލުގައި ޗުއްޓީ ކުރިއަށް ގެންދަނީ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ހޯމަ ދުވަހު އިސްރާއީލުގެ ފުލުހުން ވަނީ އަގްސާ މިސްކިތް ކޮމްޕްލެކްސްގެ ތެރޭގައި ހުންނަ ބާބުލް ރަހުމާ ނަމާދުކުރާ ހޯލަށް ވަދެ ނަމާދު ކުރާ މީހުންނަށް ނަމާދު ކުރުމަށް ހުރަސް އަޅާފައެވެ. މިކަން ކުރިއަށް ގެންގޮސްފައި ވަނީ ހޮނިހިރު ދުވަހު އެތަން މަރާމާތު ކުރުމުގެ މަސައްކަތް އޮފިސަރުން ހުއްޓުވުމާ ގުޅިގެންނެވެ.

 ބަރަކާތްތެރި ރަމަޟާން މަހު އިސްރާއީލުގެ ފުލުހުން އަލް އަޤްސާ މިސްކިތުގެ ތެރެއިން މުސްލިމުން އަޅުކަން ކުރަނިކޮށް ގަދަކަމުން ނެރުނު ފަހުން އިރުމަތީ ގުދުސްގެ ހުރިހާ ހިސާބެއްގައި ނުތަނަވަސް ކަން ވަނީ ބޮޑުވެފައެވެ. މުސްލިމުން އަލްއަޤްސާ ދެކެނީ ދުނިޔޭގައިވާ ތިންވަނައަށް އެންމެ މާތް ތަނުގެ ގޮތުގައެވެ. އެ ސަރަހައްދަށް ޔަހޫދީން ކިޔަނީ ޓެމްޕަލް މައުންޓްއެވެ. އަދި އެއީ ޔަހޫދީންގެ ގަދީމީ ދެ ފައްޅި ހުރި ތަނެއް ކަމަށް ވެސް އެމީހުން ބުނެ އުޅެއެވެ.

އަލްއަގްސާ މިސްކިތް ހުންނަ އިރުމަތީ ގުދުސް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރު އަރަބި އިސްރާއީލު ހަނގުރާމައިގެ ދުވަސްވަރުއެވެ.

]]>
Wed, 26 Apr 2023 17:06:34 +0500 ނާއިރާ
ސައޫދީއަރަބިއްޔާ: ވިންޓަރ ވޮންޑަރ ލޭންޑަކަށް https://heerasnews.com/1291 https://heerasnews.com/1291

ބޯކޮށް ވާރޭ ވެހިގެންނާއި ސްނޯ ފޭބުމުގެ ސަބަބުން އީދު ޗުއްޓީގައި ސައުދީ އަރަބިޔާގެ ބައެއް ސަރަހައްދު ވަނީ ވިންޓަރ ވޮންޑަރލޭންޑަކަށް ބަދަލުވެފައެވެ. 

ސައުދީ އަރަބިއްޔާގެ ދެކުނުގައި ޔަމަނު ބޯޑަރުގައި އޮންނަ ނަޖުރާން ސަރަހައްދަށް ފިތުރު އީދު ޗުއްޓީގައި ބޯކޮށް ވާރޭވެހި ފިނިފޭބުމުގެ ސަބަބުން އެ ސަރަހައްދު އެއްކޮށް ހުދުކުލައިން ފޮރުވި ވިންޓަރ ވޮންޑަރލޭންޑެއް ފަދައެވެ.

ބުރާސްފަތި ދުވަހުގެ ނިޔަލަށް ސައުދީގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފިނިފާބާނެ ކަމަށް ލަފާކުރެއެވެ. އެކަމަށް ސަމާލުވުމަށް ޖެނެރަލް ޑިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސް އިން މިހާރު ވަނީ ވަރނިންގ ދީފައެވެ. ސަމާލުވުމަށް އިންޒާރު ދިން ނަމަވެސް ރައްޔިތު މީހުން އަންނަނީ ސްނޯ ފޭބުމުގެ އުފާ ފާޅުކޮށް އާއިލާ އާއި ރައްޓެހިންނާ އެކު ފޮޓޯ ނަގަމުންނެވެ.

ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) އިން ލަފާކުރާ ގޮތުގައި މައްކާއާއި ރިޔާޒްއާއި އާސިރުއާއި އަލްބަހާއާއި ޖަޒާންއާއި ނަޖުރާންއާއި އަލްގާސިމްއާއި ހައިލްއާއި ތަބުކްއާއި މަދީނާ ގެ އިތުރުން އުތުރު ބޯޑަރުތައް ހިމެނޭ ގޮތަށް އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިނި ފައިބާނެކަން ވެސް ފާހަގަ ކޮށް ސަމާލުކަމަށް ގެނެސްފައެވެ. 

]]>
Wed, 26 Apr 2023 16:12:55 +0500 ނާއިރާ
ކޯ ޕެސެންޖަރު ގަޔަށް ކުޑަކަމު ދިޔަ މީހާ ހައްޔަރުކޮށްފި https://heerasnews.com/1282 https://heerasnews.com/1282 އެމެރިކަން އެއަރލައިންސްގެ ފްލައިޓެއްގައި ނިއުޔޯކުން ދިއްލީއަށް ދަތުރުކުރި އިންޑިއާ މީހަކު އޭނާގެ ކޯ ޕެސެންޖަރު ގަޔަށް ކުޑަކަމު ދިޔަކަމަށް ބުނެ އެއަރޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށް ރަސްމީ މުއައްސަސާއިން މި ހޯމަ ދުވަހު ވަނީ ބުނެފައެވެ.

އެއަރލައިންސްގެ މުވައްޒަފުން ބުނާ ގޮތުން ތުހުމަތު ކުރެވޭ ފަސިންޖަރަކީ ބަނގުރާ ބޮއެގެން ހުރި މީހެކެވެ. އަދި އޭނަޔާ އޭނަގެ ކޯ ޕެސެންޖަރުދެމެދު ހިނގި ޒުވާބެއްގެ ތެރޭގައި އޭނާގެ ކޯ ޕެސެންޖަރުގެ ގަޔަށް ކުޑަކަމުދިޔަކަން ފާހަގަކޮއްލެވޭއެވެ. އެމެރިކަން އެއަރލައިންސްގެ ފްލައިޓް އޭއޭ 292 ގައި ހިނގި މި ހާދިސާގައި "ގަވާއިދާ ހިލާފު"ވި ކަމަށް ބުނާ ފަސިންޖަރު ވަނީ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އިން އާދީއްތަ ދުވަހުގެ ރޭ 9 ޖެހާކަން ހާއިރު ވަނީ ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރީ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖެއްސުމުންނެވެ.

އެއަރލައިނުން ވަނީ ބޯޓު ޖެއްސުމުގެ ކުރިން ދިއްލީ އެއާޕޯޓަށް މައްސަލަ ރިޕޯޓް ކޮއްފައެވެ. އަދި އެކަމުގައި ބައިވެރިވި ދެ ފަސިންޖަރުން ވެސް ދިއްލީ ޕޮލިސްއާ ވަނީ ހަވާލުކޮށްފައެވެ. މި ހާދިސާގައި ޝިކާރައަކަށް ވި ފަސިންޖަރު މިހާރު ރަސްމީކޮށް މިކަމުގެ ޝަކުވާ ހުށަހަޅާފައި ވާކަމަށް ކަމާބެހޭ ފަރާތް ތަކުން ވަނީ ބުނެފައެވެ.

ބަނގުރާ ބުއިމަށް ފަހު ފަސިންޖަރުން ކޯ ޕެސެންޖަރުންގެ ގަޔަށް ކުޑަކަމުދާ ކަމަށް ބުނާ ހާދިސާތައް ފަހަކަށް އައިސް ވަނީ ވަރަށް ގިނަވާން ވަނީ ފަށާފައެވެ. މީގެ ތެރެއިން އެންމެ ސިއްސުވާލާފައިވާ ހާދިސާއެއް ކަމަށް ފާހަގަ ކުރެވެނީ މި ދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެއަރ އިންޑިއާ ނިއުޔޯކް-ދިއްލީ ފްލައިޓެއްގެ ބިޒްނަސް ކްލާހުގައި މަސްތުވެގެން ހުރި މީހަކު އޭނާގެ ހަތްދިހަ އަހަރުގެ އަންހެން ކޯ ޕެސެންޖަރުގެ ގަޔަށް ކުޑަކަމު ދިޔަ ހާދިސާއެވެ.

]]>
Tue, 25 Apr 2023 00:51:00 +0500 ނާއިރާ
ފިތުރުއީދު ބަންދަށް ފަހު ރާޝިދު ހަނދުގައި ޖައްސާނެ https://heerasnews.com/1281 https://heerasnews.com/1281 މިފަހަރު ފިތުރު އީދުގެ އެންމެ ބޮޑު ހަދިޔާ ލިބިގެން މިދަނީ ޔޫއޭއީއަށެވެ. ފިތުރު އީދުގެ 4 ދުވަހުގެ ޗުއްޓީއަށް ފަހު އެގައުމުންވަނީ އެގައުމުން ހަނދަށް ފޮނުވި ރޯވަރު ހަނދުގަ ޖައްސަން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވެ އެކަން ކުރަން ތައްޔާރުވެއްޖެ ކަންއިއުލާން ކޮއްފައެވެ. އޭޕްރީލް 25 ވާ އަންގާރަ ދުވަހަކީ ހަކުޓޯ-އާރް މިޝަން 1 ލޫނާ ލޭންޑަރ - ރާޝިދު ރޯވަރު ހަނދުގެ ބިމަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީހެވެ.

ޖަޕާނުގައި ހުންނަ އައިސްޕޭސް އިން އިއުލާން ކުރި ގޮތުގައި ޖައްސާނެ ކަމަށް ލަފާކުރެވެނީ ހަވީރު 4:40 (ޔޫޓީސީ) ގައި ކަމަށާއި އެއީ ޔޫއޭއީ ގަޑިން ރޭގަނޑު 8:40 ހާއިރު ކަމަށެވެ. އެއީ ރާއްޖެ ގަޑިން ރޭނގަޑު 9:40 ހާއިރެވެ. 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިޝަން 1 ގެ ލޭންޑަރު ހަނދުގެ ވަށައިގެން ދަތުރު ކުރަމުން ދަނީ 100 ކިލޯމީޓަރާއި 2300 ކިލޯމީޓަރާއި ދެމެދުގެ އުސްމިނެއްގައި އެލިޕްޓިކަލް އޯބިޓެއްގައެވެ.

އޮޕަރޭޝަނަލް ސްޓޭޓަސްއަށް ބަލާއިރު ރޯވާ ލޭންޑް ކުރުމަށް ވަނީ 3 ސައިޓްއެއް ހަމަޖެހިފައެވެ. އަދި ހަމައެއާއެކު މި ލޭންޑުކުރާ 3 ސައިޓުގެ ސަބަބުން ލޭންޑިން ތާރީހަށް ވެސް ބަދަލު އައުން އެކަށީވެގެންވެއެވެ. މި ތާރީހު ތަކަކީ އޭޕްރީލް 26އާއި މެއި 1 އާއި މެއި 3 އެވެ.

ރަޝީދު ރޯވަރަކީ ދުބާއީގެ ކުރީގެ ވެރިޔާ އަލްމަރުޙޫމް ޝައިޚް ރާޝިދު ބިން ސަޢީދު އަލް މަކްތޫމްގެ ނަމުގައި ނަން ދީފައިވާ ރޯވަރެކެވެ. ޔޫއޭއީގައި އުފައްދާފައިވާ މި ރޯވަރަކީ އަރަބި ޤައުމަކުން އުފެއްދި ފުރަތަމަ ހަނދުގެ ޖައްވީ އުޅަނދެވެ.

މި ތަސްވީރަކީ ހަނދާއި ގާތްގަނޑަކަށް 2000 ކިލޯމީޓަރުގެ އުސްމިނުން ނަގާފައިވާ ތަސްވީރެކެވެ. މި ތަސްވީރުގައި ފެންނަނީ ހަނދުގެ އިރުމަތީ ރިމް، އަދި ކްރެޓަރސް ޕެޓާވިއަސް، ވެންޑެލިނަސް، އަދި ލެންގްރެނަސް ކަމަށް އައިސްޕޭސް އިން ބުނެއެވެ.

]]>
Mon, 24 Apr 2023 23:50:06 +0500 ނާއިރާ
ހަނގުރާމަ ހުއްޓާލިޔަސް ސޫދާނުގައި އާ ބިރުވެރިކަމެއް https://heerasnews.com/1280 https://heerasnews.com/1280 ފިތުރު އީދުގެ ދުވަސްތަކަކީ ކޮންމެ މުސްލިމެގެ ހިތަކަށް ވެސް ހިތްހަމަޖެހުމާ އުފާ ލިބިގެންދާ ދުވަސް ތަކެކެވެ. ނަމަވެން ސޫދާނުގަ އުޅޭ ރައްޔިތުންނަށް  މިދުވަސްތައް މިވަނީ ވަރަށް ވެސް ނާމާން ބިރުވެރި ދުވަސް ތަކަކަށް ވެފައެވެ. ފިތުރު އީދުގެ ދެވަނަ ދުވަހު ސޫދާނުގެ ރައްޔިތުންނަށް މިވަނީ ބޮމުގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައެވެ. ސޫދާންގެ  އޮމްދުރުމާން ސިޓީގެ މަންސޫރާ އަވަށުގައި ރޮކެޓުން ދުއްވާ ބޮމް (ދާނާ) ވެއްޓި 6 މީހުން ވަނީ މަރުވެފައިއެވެ.

އެ ތަން ލޮލުން ދުށް މީހުން ބުނެފައިވާ ގޮތުންނަމަ "ދާނާ" މިސައިލް ޖެއްސީ ހޮނިހިރު ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 8:30 ހާއިރު އޮމްދުރުމާން ސިޓީގެ އަލް މަންސޫރާ ސަރަހައްދުގެ "އަލް ބްރެޒިލް" މައިދާން ކައިރިއަށް ކަމަށާއި އަދި މި ހަމަލާގެ ސަބަބުން 6 މީހުން މަރުވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެއް އާއިލާއަކަށް ނިސްބައިވާ 3 ބެއިންނާ އެއްބަޑު އެއްބަފާ 2 ބެއިންގެ އިތުރުން 6 ވަނަ މީހެކެވެ. މި ބިރުވެރި ހާދިސާގައި އެކިފަރާތް ތަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންނަށް ވަނީ ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މި ބިރުވެރި ހާދިސާ ހިނގާފައިވަނީ ފިތުރު އީދު 3 ދުވަހު ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސަސް އިން ވަގުތީ ގޮތުން ލޭއޮހޮރުވާލާ ހަނގުރާމަތައް ހުއްޓުވުމަށް ވަޢުދުވެފައިވާ ދަޑިވަޅެއްގައެވެ.

]]>
Mon, 24 Apr 2023 22:05:27 +0500 ނާއިރާ
ބޮލީވުޑް ތަރިންތަކެއްގެ ޓްވިޓަރ ލެޖެންޑަރީ ބްލޫ ޓިކް ގެއްލިއްޖެ https://heerasnews.com/1279 https://heerasnews.com/1279 އޭޕްރީލް 20 ވަނަ ދުވަހު ޓްވިޓާއިން ވަނީ ބޮލީވުޑްގެ ގިނަ ތަރިން ތަކެއްގެ ވެރިފިކޭޝަން މާކް ލެޖެންޑަރީ ބްލޫ ޓިކް ރަސްމީކޮށް ހުއްޓާލާފައެވެ. ނަތިޖާއަކަށް ވެގެން ދިޔައީ ބޮލީވުޑްގެ ގިނަ އެކްޓަރުންނަކީ އަގު ނުދޭ މެމްބަރުން ކަމަށް ބުނެ ޓްވިޓާގައި އެމީހުންގެ ބްލޫ ޓިކް ގެއްލިގެންދިޔުމެވެ.

ޓްވިޓަރގެ އާ ގަވާއިދުގައިވާ ގޮތުން ޓްވިޓާ ވެރިފިކޭޝަން މާކް ވަނީ ޕޭޑް ސާވިސްއަކަށެވެ. އެހެންކަމުން ވެބް މެދުވެރިކޮށް މަހަކު 8 ޑޮލަރު އަދި އައިއޯއެސް އަދި އެންޑްރޮއިޑްގައި އިން-އެޕް ޕޭމަންޓް މެދުވެރިކޮށް މަހަކު 11 ޑޮލަރު ޗާޖު ކުރެވިގެންދާނެވެ.

ޝާހްރުކް ޚާން، ސަލްމާން ޚާން، ޕްރިޔަންކާ ޗޯޕްރާ، އާލިއާ ބަޓް، އަމީތާބް ބައްޗަން، ރިތިކް ރޯޝަން، ދީޕިކާ ޕަދުކޯން، ރަޖިނީކާންތު ގެ އިތުރުން ބޮލީވުޑްގެ ބައެއް އެކްޓަރުންގެ ވެރިފައިޑް ސްޓޭޓަސް ޓްވިޓާގައި ގެއްލިއްޖެއެވެ. މި އެކްޓަރުންނަކީ ސޯޝަލް މީޑިއާގައި އެތައް މިލިއަން ފޮލޯވަރުން ތިބެއެވެ.

]]>
Mon, 24 Apr 2023 21:49:58 +0500 ނާއިރާ
ސެއިންޓް ލޯރެންސް ކޯރުން 8 ހަށިގަނޑު ފެނިއްޖެ https://heerasnews.com/1194 https://heerasnews.com/1194 އެމެރިކާއާއި ކެނެޑާގެ ބޯޑަރުގައި އޮންނަ ސެއިންޓް ލޯރެންސް ކޯރު ހުރަސް ކުރަން އުޅުމުގެ ތެރޭގައި މަރުވެފައިވާ މުހާޖަރުންގެ އަށް މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.  ކެނެޑާއިން ގަވައިދާ ހިލަފަށް އެމެރިކާއަށް ވަންނަން  އުޅެނިކޮށް މަރުވި ކަމަށް ބެލެވޭ 8 މީހުންގެ ތެރޭގައި ދެކުޑަ ކުދިންވެސް ހިމެނެއެވެ.

އޮފިޝަލުންނަށް މަރުވެފައިވާ ހަށިތައް ފެނިފައިވަނީ އެ ސަރަހައްދަށް ގެއްލިގެން ހޯދަމުން ދިޔަ ދޯނި ދުއްވާ މީހެއް ކަމަށްވާ ކޭސީ އޯކޭސް، 30، ހޯދަމުގެ ތެރޭގައެވެ.

ފުރަތަމަ ހަށިގަނޑު ފެނިފައިވަނީ އެމެރިކާ އާއި ކެނެޑާ ބޯޑަރާއި ދެމެދު އޮންނަ މޮހޮކް ޓެރިޓަރީއަކުން ކަމަށް ފުލުހުން ބުނެއެވެ. އަނެއް ހަށިގަނޑުތައް ފެނިފައިވަނީ ހަމަ އެތާ ކައިރިންނެވެ. އެމީހުންގެ އައިޑެންޓިޓީ ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ފުލުހުންގެ ހެލިކޮޕްޓަރަކަށް ސެއިންޓް ލޯރެންސް ކޯރުން ދެ ހަށިގަނޑެއް ފެނިފައިވެއެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ރޫމޭނިއާ އާއި އިންޑިއާގެ ދެ އާއިލާއެއްގެ މީހުން ހިމެނެއެވެ

މަރުވެފައިވަނީ ބޮޑެތި ހަ މީހުންނާއި ދެ ކުޑަކުދިންނެވެ. މަރުވި ކުޑަ ކުދިންގެ ތެރެއިން އުމުރުން ތިން އަހަރުން ދަށުގެ ކުއްޖާ އަތުގައި ކެނެޑާގެ ޕާސްޕޯޓެއް އޮތެވެ. އަނެއް ތުއްތު ކުއްޖާއަކީ ވެސް ކެނެޑާގެ ރައްޔިތެއް ކަމަށް ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ޕޮލިސް ޗީފް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަކުއެސަސްނޭ މޮހޮކް ޕޮލިސް ސާވިސްގެ ޑެޕިއުޓީ ޗީފް ލީ-އޭން އޯބްރައިއަން ވިދާޅުވީ އެ ހަށިގަނޑު ތަކަކީ ރޫމޭނިއާ ނަސްލުގެ އެއް އާއިލާއަކާއި އިންޑިއާ ނަސްލުގެ ދެ އާއިލާއެއްގެ ހަށިގަނޑުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. " އެ އެންމެން ވެސް ކެނެޑާއިން ގަވާއިދާ ހިލާފަށް އެމެރިކާއަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ ކަމަށް ބެލެވެނީ،" މިސް އޯބްރައިން ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ރޭ އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ރިޕޯޓްތައް ލިބެއެވެ.

]]>
Mon, 03 Apr 2023 03:36:53 +0500 ނާއިރާ
ޖިމިން އާއި ޝޫގާ ކޭޕޮޕް ގްރޫޕްގެ ރީޔޫނިއަން 2025 ގައި https://heerasnews.com/1185 https://heerasnews.com/1185 ޝުގާގެ ޑްރިންކިން ޗެޓް ޝޯ ‘ސުޗްވިޓާ’ ގައި އެންމެ ފަހުން ފެނިގެން ދިޔައީ ބީޓީއެސްގެ ޖިމިން އެވެ. ޖިމިން އަކީ ބީޓީއެސްގެ އެންމެ ދޮށީ މެމްބަރު އަދި ދެކުނު ކޮރެއާގެ އަސްކަރިއްޔާއާ ގުޅުނު އެ ގްރޫޕްގެ ފުރަތަމަ މެމްބަރެވެ.

މިޝޯގަ ވާހަކަދެކުވުނީ 2025 ވަނަ އަހަރު ޝުގާ އާއި ޖިމިން، މަޝްހޫރު ކޭޕޮޕް ބޭންޑް ބީޓީއެސް އެނބުރި އައުމުގެ ފުރުސަތު އޮތް ވާހަކައެވެ. ޝުގާ ވަނީ ޖިމިންއަށް މަރުހަބާ ކިޔައި، އަދި ޖިނިމް އޭނާގެ ޑްރިންކިން ޗެޓް ޝޯ ގަވާއިދުން ބަލާ ކަމަށް ފާހަގަކޮށް މީގެ ކުރިން އޭނާގެ ވީވަރސް ލައިވް ސެޝަންގައި އޭނާއަށް ތައުރީފު ކުރި ކަމަށްވެސް ފާހަގަކުރިއެވެ.  ޔޫޓިއުބް އަދި ވީވަރސް އިން ލިބެން ހުރި 36 މިނެޓުގެ ދިގު ވީޑިއޯގައި ޖިމީން އާއި ޝުގާ ކެރިއަރުގެ ވާހަކަ ދައްކާތަން ފެނިފައިވާއިރު، 2025 ވަނަ އަހަރު އެ ގްރޫޕް އެނބުރި އައުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހައިރާން ކުރުވަނިވި ގޮތަކަށް ހާމަކޮށްފައިވެ އެވެ.

ރީޔޫނިއަންއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޖިމިން ބުނީ 2025 ވަނަ އަހަރަށް އިންތިޒާރު ކުރަމުން އަންނަ ކަމަށާއި އެ އަހަރަށް ގްރޫޕްގެ ހުރިހާ މެމްބަރުން އެކުގައި ތިބޭނެ ކަމަށެވެ. ޝުގާ ވެސް ހަމަ އެކަން ކަށަވަރުކޮށްދީ، އެމިހުންގެ ސިންގަލްތަކާއި އަލްބަމްތައް ނެރުމަށް ފަހު އެކުގައި އުޅޭނެ ކަންޔަގިން ކޮއްދީފައިވޭއެވެ.

ޝޯ ނިމުނުއިރު ސުގާ ޖިމިން ގާތު ބީޓީއެސްގެ މާނައަކީ ކޮބައިތޯ އަހާލުމުން 'އާއިލާ' ކަމަށް ބުންޏެވެ.

]]>
Thu, 30 Mar 2023 21:39:19 +0500 ނާއިރާ
އިންޑިއާގެ އެންމެ ނާމާން ސައިޓް: ބަންގަރް ކިއްލާ https://heerasnews.com/1184 https://heerasnews.com/1184 އިންޑިޔާގެ އެންމެ ގިނައިން ޖިންނި އުޅޭ ކިއްލާގެ ނަމުން މަޝްހޫރުވެފައިވާ ބަންގަރް ކިއްލާ ހުންނަނީ ރާޖަސްތާނުގެ އަލްވާރު ޑިސްޓްރިކްޓްގައިއެވެ. މި ކިއްލާ ބިނާ ކުރެއްވީ 17 ވަނަ ގަރުނުގައި އޭރު އެ ހިސާބުގެ ވެރިޔާ ކަމަށްވާ ރާޖާ ބަގްވަންތު ދާސްއެވެ. މި ކިއްލާގަ ނާމާން ހާދިސާތައް ގިނަ ކަމުން އިރު އޮއްސުމަށް ފަހު ޒިޔާރަތް ކުރުން މަނާކުރާ ނިޝާނެއް އިންޑިއާގެ އާކިއޮލޮޖިކަލް ސާވޭއިން ޖަހާފައިވެއެވެ.

އާންމުން ގަބޫލުކުރާ ގޮތުގައި ރާޖާ ބަގްވަންތު ދާސް މި ކިއްލާ ބިނާކުރެއްވީ އޭނާގެ ބައްޕަ ނުވަތަ ކާފަގެ ނަމުން ނަން ދެވިފައިވާ ކަމަށް ބުނާ އޭނާގެ ދޮށީ ދަރިކަލުން މަޑޯ ސިންގް އަށެވެ. މި ކިއްލާ ފަޅުވެފައިވާ ގޮތާއި މެދު ދެ ގޮތަކައް ވާހަކަ ދެކެވެމުން އާދެއެވެ.

ފުރަތަމަ ގޮތުގައި ބުނާ ގޮތުން އެ ހިސާބުގަ ދިރިއުޅެމުން ދިޔަ ޕަންޑިތަކު އޭނާގެ ގެޔަށް ކިއްލާގެ ހިޔަނި އަޅައިގެން ނުވާނޭ ބުނެފައޮއްވާ، ބަންގަރު ބިނާކޮށް ނިމުނުއިރު އޭނާގެ ގެޔައް އެ ކިއްލާގެ ހިޔަނި އެޅިފައި ވާތީ އެކަމާ ރުޅިއައިސް ބަދު ދުއާ ކުރީމާ އޭގެ ނަތީޖާއެއްގެ ގޮތުން ފަޅުވެ ނަމާންވީ ކަމަށް ބުނެވެއެވެ.

ލޯކަލް އެހެން ލެޖެންޑެއްގައި ނުނެވެނީ ސިހުރުވެރިއެއް ނުވަތަ ނުބައި ސާހިބާއެއް ކިއްލާގެ  ޕްރިންސެސް ދެކެ ލޯބިވެ، ލޯބި ހޯދުމަށްޓަކައި ތެޔޮފުޅި އަކަށް ސިހުރު ކިޔަވާފަ ދިން ވާހަކައެވެ. ނަމަވެސް ކަންދިމާވިގޮތުން ޕްރިންސެސްއަކީ ސިހުރު ހެދުން ކިޔަވާފައި ވާމީހަކައް ވީތީ އެތެޔޮފުޅި ފެނުމާ އެކު އެޔަށް ހުރީ އެއްޗެއް ކިޔަވާފައި ކަން އެގުނެވެ. ދެން އެ ތެޔޮފުޅި ބިޔަ ގާގަޑެއް (ބޮލްޑަރެއްގެ) މައްޗަށް އުކާލުމުން، އެ ސިހުރުވެރިޔާއާ ދިމާއަށް އެ ގާގަޑު ތިރިއަށް ވެއްޓި، އޭނާ ގެ ކަށިތައް ފުނޑުފުނޑުވިއެވެ. ސިހުރުވެރިޔާ އެންމެ ފަހު ނޭވާއެއް ލުމުގެ ކުރިން އޭނާ ކިއްލާއަށް ލަޢުނަތް ދިނީ ކިއްލާ ނިމޭނީ އެއްވެސް މީހަކަށް ދިރިއުޅެވޭނެ ގޮތެއް ނެތް ނާމާން ފަޅު ތަނެއްގެ ޙާލަތުގައި ވުމަށެވެ. އަދި އަދަށް ދާންދެން އެ ކިއްލާ އެހުރީ ފަޅު ނާމާން ތަނެއްގެ ގޮތުގައި މިއަދު މިއޮތް ގޮތަށް ކަމަށް ބުނެވެއެވެ.

މި ކިއްލާގައި ވަރައް ގިނަ ބިރުވެރި އެކްސިޑެންޓްތަކެއް ހިނގާފައިވއެއެވެ. މީގެން ބައެއް އެކްސިޑެންޓްގައި މީހުންގެ ފުރާނަވެސް ގޮސްފައިވެއެވެ. މިފާޑުގެ އެކްސިޑެންޓްތައް ގިނަވުމާ ގުޅިގެން އިންޑިއާގެ އާކިއޮލޮޖިކަލް ސާވޭއިން އިރުއޮއްސުމާއި އިރުއަރާ ދެމެދު ކިއްލާއަށް ޒިޔާރަތް ކުރުން ވަނީ މަނާކޮށް ނިޝާން ޖަހާފައެވެ. ނަމަވެސް ހޯންޓެޑް ފޯޓް ޕްރިމިސަސްގައި ފުރިހަމަ ރޭތަކެއް ހޭދަކުރުމަކީ މިހާރަކަށް އައިސް މާ ގިނައިން މީހުން ޝައުގުވެރިވާ އެޑްވެންޗަރެކެވެ.

]]>
Thu, 30 Mar 2023 20:57:30 +0500 ނާއިރާ
ކޮންމެ ވާހަކައެއްގެ ދެ ފަރާތެއް ވާނެ: މުރުނާލްތާކުރު https://heerasnews.com/1162 https://heerasnews.com/1162 ބުރާސްފަތި ދުވަހުގެ މެންދުރު ފަހު ރިލީޒްކުރި ގުމްރާގެ ޓްރެއިލާއަކީ ހުރިހާ ވައްތަރެއްގެ ގްރިޕިން ފިލްމެކެވެ. ވީޑިއޯ ފެށެނީ ބިރުވެރި މަރުގެ މަންޒަރަކުންނެވެ. މަރާލި މީހާގެ އައިޑެންޓިޓީ ހާމަކޮށްފައި ނުވި ނަމަވެސް އޭނާ ފެންނަނީ ގަދަ ރީނދޫ ކުލައިގެ ރެއިންކޯޓެއް ލައިގެންނެވެ. އެއަށްފަހު ވީޑިއޯ ޓްރާންސިޝަން ވެގެން ދަނީ އޮފިސަރު ޝިވާނީ މަތޫރު (މުރުނާލް ތާކޫރު) އަށެވެ.  މަރަކީ ރަނގަޅަށް ރޭވިގެން ހިންގި މަރެއް ކަމަށާއި ޝައްކު ކުރެވޭ މީހާ އަކީ އިންތިހާއަށް ސްމާޓް ކުށްވެރިއެއް ކަމަށްބެލެވެއެވެ.

ވީޑިއޯއިން ދެން ފެންނަނީ އަދީއްޔާ ރޯއީ ކަޕޫރުގެ ގާތްގަނޑަކަށް ފުރިހަމަ ދިރިއުޅުމުގެ މޮންޓޭޖެކެވެ. އަދީއްޔާ ރޯއީ ކަޕޫރު ޑަބަލް ރޯލެއްގައި ފެނިގެންދާތީ ތަހުގީގު ކުރެވޭ  މަރުގެ މައްސަލައިގައި ޝައްކު ކުރެވޭ ދެ މީހަކު ތިބި ކަމެވެ. މުރުނާލް ތާކޫރާއި އޭނާގެ ވެރިޔާ ރޮނިތު ރޯއީ ހަގީގީ ކުށްވެރިޔާ ހޯދުމަށް ކުރާ މަސައްކަތަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް އެމީހުން އަޒުމް ކަނޑައަޅާފައި ވަނީ ހަގީގަތް ހޯދާ ހާމަކުރުމަށެވެ.

ސޯޝަލް މީޑިއާގައި ޓްރެއިލާ ހިއްސާ ކުރަމުން މުރުނާލް ތަކުރު އޭނާގެ ކެޕްޝަންގައި ލިޔެފައި ވަނީ ކޮންމެ ވާހަކައެއްގެ ދެ ފަރާތެއް ވާނެ، ހަގީގަތާއި ދޮގު؛ އެކަމަކު މި ވާހަކައިގެ ފަރާތްތަކަކީ ފާފައާއި މަކަރު ކަމަށެވެ.

]]>
Thu, 23 Mar 2023 16:23:52 +0500 ނާއިރާ
ރަންވީރު ސިންގް ކުނި ހޮވުމުން ތަފާތު ރިއެކްޝަން https://heerasnews.com/1158 https://heerasnews.com/1158 ހަފްލާއެއްގައި ރަންވީރު ސިންގް ކުނި ހޮވާ ވީޑިއޯއެއް ޕެޕަރާޒޯއަކު ހިއްސާ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ. އެކަމަކީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް އެއްބަޔަކު ސިފަކުރިއިރު ދީޕިކާގެ ނުފޫޒެއް އޭނާއަށް އޮނާތީ ވެދާނެ ގޮތެއް ކަމަށް ބައެއް މީހުން ބުންޏެވެ.

ސެލެބްރިޓީ ހެއާ ޑިޒައިނަރު ދަރުޝަން ޔެވަލެކާރުގެ ސެލޫން ހޯމަ ދުވަހު އިފްތިތާހު ކޮށްދިނުމަށް ފަހު ރަންވީރު ސިންގ ފެނިގެން ދިޔައީ ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ އަށް ފަރުވާކުޑަ މޫޑެއްގައި ޕްރެންކެއް ކުޅެނިކޮށެވެ. އަދި ތަޅުންގަނޑުން ކުނި ހޮވަމުން ދިޔަތަން ވެސް ފެނިގެން ދިޔައެވެ.

ބައެއް މީހުންނަށް އޭނާ ކުނި ހޮވުން ގަބޫލެއް ނުކުރެވުނެވެ. އެކަމަކީ ޕަބްލިސިޓީ ސްޓަންޓެއް ކަމަށް އެއްބަޔަކު ބުންޏެވެ. އަދި ސާފުތާހިރު ކަމަށް އޯބްސެސްޑް ވެފައިވާ ވާހަކަ ގިނައިން ދައްކާފައިވާ އަނބިމީހާ ދީޕިކާ ޕަދުކޯންގެ ނުފޫޒު ފޯރައިގެން އެޒާތުގެ ކަންކަން ކުރެވެނީ ކަމަށް ގަބޫލުކުރާ މީހުނެއް ވެސް މަދެއް ނޫނެވެ.

އިވެންޓަށް ރަންވީރު އައީ ޕްލޭން ކަޅު ޓީޝާޓަކާއި އަޅިކުލައިގެ ޑެނިމްސް އަކާއި ކަޅު ބޫޓެއްގައެވެ. ފާރެއްގެ ކައިރީން ހިނގަމުން ދިޔައިރު އޭނާއަށް ކުދިކުދި ޓިޑްބިޓް ތަކެއް ފެނިގެން އެތަކެތި ނެގީއެވެ.

އިންސްޓަގްރާމް ޔޫޒަރަކު ވީޑިއޯއަށް ކޮމެންޓްކޮށް ބުނެފައިވަނީ އޭނާގެ އަންހެނުންނަށް އޯސީޑީ ޖެހިފައިވާތީ ވާގޮތެއް ކަމަށެވެ. އެހެން މީހަކު އިތުރަށް ބުނި ގޮތުގައި ދީޕިކާ ވަރަށް ސާފުތާހިރު ކަމަށާއި ގޭގައި ގެންގުޅޭ އެއްޗެހީގެ ސާފުތާހިރުކަން ހިފަހައްޓަން ވެސް ވަރަށް ބޮޑަށް ލޯބިކުރާ ކަމަށް ގިނަ ރިއަލިޓީ ޝޯތަކެއްގައި ވެސް ދީޕިކާ ހާމަކޮށްފައިވާ ވާކަމަށެވެ. އެހެންކަމުން ރަންވީރުގެ ލައިފްސްޓައިލަށް ވެސް އޭގެ އެފެކްޓް ކޮށްފައި ހުރެދާނެ ކަމަށް އެ މީހާ ބުންޏެވެ.

އިންޑިއާގެ މަގުތަކުގައި ވަރަށް ގިނައިން ކުނި އެބަހުރި ކަމަށާއި ދުވަހަކު ވެސް ހޮވާފަ ނުވާ ކަމަށް ކޮމެންޓެއްގައި މީހަކު ބުންޏެވެ. ސާމާސާ ރާގެއްގައި އެހެން މީހަކު ބުނީ އޭނާއަށް ޑައިމަންޑް އަނގޮޓިއެއް ފެނުނު ކަމަށެވެ. ރަންވީރުގެ އެންމެ ފަހުގެ ފިލްމު ސާކަސް އަށް ނިސްބަތްކޮށް ކުނި ކަމުނުދާނަމަ ކުނި ފިލްމުތައް ހަދަނީ ކީއްވެތޯ މީހަކު ސުވާލު އުފެއްދިއެވެ.

]]>
Tue, 21 Mar 2023 17:04:15 +0500 ނާއިރާ