Maldives Real Time Facts & ނަޒޫ https://heerasnews.com/rss/author/ނަޒޫ Maldives Real Time Facts & ނަޒޫ dv ކޮޕީރައިޓް: Heerasnews llp (P013622021) އެންމެ އަރާމު ހީލްސް https://heerasnews.com/1627 https://heerasnews.com/1627 އިންސާނާގެ ހަށިގަނޑުގައިވާ ކޮންމެ ގުނަވަނަކީވެސް ޤުދުރަތުން އިންސާނުންނަށް ދެއްވާފައިވާ ވަރަށް އަގުހުރި ނިޢުމަތެކެވެ. މިނިޢުމަތް ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރުމަކީ ކޮންމެ އިންސާނަކަށްވެސް ވަރަށް މުހިއްމުކަމެކެވެ. ކޮންމެ އިންސާނަކުވެސް އޭނާގެ ހަޔާތް ބާއްޖަވެރި ކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރެއެވެ. ބައެއްމީހުން ދުޅަހެޔޮޞިއްހަތެއްގައި ދެމިހުރުމަށް ފައިދާހުރި ކަންކަން ކުރަމުންދާއިރު އަނެއްބަޔަކަށް މުހިއްމުވަނީ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ އަނެކާގެ ސަމާލުކަން ހޯދުމަށް ނުވަތަ ތިމާ ހިތްއެދޭ ބައިވެރިޔާގެ ހިތްހަމަޖެއްސުމަށް ނުވަތަ ތިމާގެ ހިތްހަމަޖެހުމަށް ރީތިކަން ދެމެހެއްޓޭތޯއެވެ. ދުނިޔޭގެ ނިސްބަތުން ރީތިކަމަށް ލޯބިކުރާ މީހުން ގިނައެވެ. ޚާއްސަކޮށް ފުދުންތެރިންގެ ކިބައިން މިކަން ފެންނަ މިންވަރު ގިނައެވެ.

ފަޔަކީ އިންސާނާގެ މުޅިހަށިގަނޑު އެއްވަރެއްގައި ބަހަޢްޓައިދިނުމަށްޓަކައި ލިބިފައިވާ އެންމެ މުހިއްމު އެއްގުނަވަނެވެ. ފަޔަށްދޭންޖެހޭ ސަމާލްކަމާއި ރައްކާތެރިކަން އަދި ފަޔަށް ލިބިދާނެ ގެއްލުންތަކަކީ ކޮބައިތޯ ބަލާ ފައިގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ފައިވާނުގެ މުހިއްމުކަމަށާއި ހައިހީލްސްގެ ނުރައްކާތެރިކަމަށް ބަލާލަން ޖެހެއެވެ.

ފައިވާނަށް އެރުން މުހިއްމުވަނީ ކީއްވެ؟

ފައިވާނަށް އެރުމުގެ ސަބަބުން ފަޔަށް ރައްކާތެރިކަން ލިބެއެވެ. މިގޮތުން ފައިސާފްކޮށް ބަހައްޓާދިނުމާއި ފަންގަސް އިންފެކްޝަންތައް ފެތުރުމުން ސަލާމަތްކޮށްދެއެވެ. އަދި ހުން އައުމާއި ފްލޫ ޖެހުމުގެ ހާދިސާތަކާއި އެނޫންވެސް ނުރައްކާތެރި އެތައް ބައްޔަކުން ދުރުކޮށްދިނުމަށް އެހީތެރިކަން ލިބެއެވެ. ފައިގެ ފިނި ހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދީ ފައިގައި ރިއްސުން ހުއްޓުވައި، ފައި ފަޅައިގެން ދިއުމަށް އޮންނަ ފުރުސަތު ކުޑަކޮށްދެއެވެ.

އިންސާނާގެ ހަށިގަނޑުގެ ހޫނުމިން ގެއްލިގެންދާ ވަރަކަށް ލޭދައުރުވުން ދަށްވެ، ހުން އައުމާއި ރޯގާ ފަދަ އާންމު ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ އެވެ. ފައިވާން ލައިގެން އުޅުމަކީ ފައިގެ ރައްކާތެރިކަން ލިބޭ ކަމަކަށް ވާއިރު، މިއީ ލޭ ދައުރުވުން އާދައިގެ ގޮތަކަށް ބެހެއްޓުމަށް އެހީތެރިވެދީ، ދިފާއީ ނިޒާމުގެ ބަލިތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ..

ކޮންމެ ފައިވާނަކީ ފަޔަށް ރަނގަޅު އެއްޗެއް ހެއްޔެވެ؟

ކޮންމެ ފައިވާނަކީ ފަޔަށް އެންމެ ރަނގަޅު ފައިވާނެއް ނޫނެވެ. މިގޮތުން ހައިހީލްސް އަކީ ފަޔަށް ނުރަގަޅު އަސަރުތަކެއް ކުރާ ފައިވާނެކެވެ. ހައި ހީލްސް އަކީ ގިނަ އަންހެނުންނަށް އާންމުކޮށް ފެޝަން އެކްސެސަރީއެކެވެ. އަހަރެމެންނަށް ގިނަ ފަހަރަށް ހީވަނީ ފުރިހަމަ ޕާޓީ ލޫކެއް ހީލްސް ނެތި ފުރިހަމަ ނުވާހެންނެވެ. މި ސްޓައިލިޝް އެކްސެސަރީސް ގަވާއިދުން ލައިގެން އުޅޭނަމަ ފައިގެ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެއެވެ..

ހައިހީލްސް އިން ފަޔަށް ފުރިހަމަ ސަޕޯރޓެއް ނުދެއެވެ. މިގޮތުން ބަރުދަން އެއްވަރަކަށް ނުބެހި، ކަނާތު ކޮނޑުގައި ރިއްސުމާއި ރިހުން ބައެއްފަހަރު ދިގުދެމިގެން ދާކަމަށްވެސްވެއެވެ.

ހައި ހީލްސް އިން ހެދުމަކަށް ލޯބި ދިގު ލައިނެއް އިތުރުވެދާނެއެވެ. ނަމަވެސް އެއީ ހަށިގަނޑަށް ގެއްލުން ލިބިދާނެ އެއްޗެކެވެ. އެއީ ހަމައެކަނި ފަޔާއިފައިގެ ކަކުލުގައި ރިއްސުމުގެ އިތުރުން ކަކުލާއި އުނަގަނޑާއި ބުރަކަށީގެ ވެސް ގެއްލުން ލިބިދާނެ ކަމެކެވެ. އަދި މައިބަދައިގެ ރިހުންތަކެއް އުފެދިދާނެ ކަމެކެވެ..

ފައިވާނަކީ ފައި އިންސުލޭޓްކޮށް ހޫނުން ލިބޭ ގެއްލުން ހުއްޓުވުމަށް ފަރުމާކޮށްފައިވާ އެއްޗަކަށް ވާތީ ބޭރުގައި ކިތަންމެ ދަށް ފިނިހޫނުމިނެއް ހުއްޓަސް ހިތްގައިމު ފައިތަކުން އުފާ ހޯދައިލެވޭނެ އެވެ. ފައިވާނަކީ ވެއްޓުން ހުއްޓުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ގޭގައި ވެއްޓި އެކްސިޑެންޓްތަކާ މެދު ކަންބޮޑުވާނަމަ ވެސް ފައިވާނަކީ ރަނގަޅު އިޚުތިޔާރެކެވެ.

އެންމެ އަރާމު ހީލްސް އަކީ ކޮބާ؟

ސްޓައިލް މަތިކުރުމަށް އެންމެ އަރާމީ ކިޓިން ހީލްސް، ވެޖް ހީލްސް، އަދި ޗަންކީ ހީލް ނުވަތަ ބްލޮކް ހީލް އެއް ހުންނަ ބޫޓު ނުވަތަ ފައިވާނެވެ. އަދި އެއީ އެންމެ ސަޕޯރޓިވް އަދި އެންމެ އަރާމު ހީލްއެވެ. އަރާމު މުހިއްމު ނަމަ، ހިނގާލަން ފަސޭހަ ބޫޓު އަދި ފައިވާންތަކުގެ ފައިދާއަށް ތުނި އަދި އުސް ހީލް އެއް ހުންނަ ބޫޓުތަކުން ދުރުހެލިވާށެވެ. އިންސާނާއަށް ހަމައެކަނި ރީތިކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކުން ނުފުދެއެވެ. އެއަށްވުރެ ދުރު މުސްތަގުބަލަކަށް ދުޅަހެޔޮ ޞިއްހަތެއްގައި ދެމިހުރުން މާ މުހިއްމެވެ.

]]>
Wed, 12 Jul 2023 14:34:37 +0500 ނަޒޫ
އަހިވައް: ދެވަނައެއް ނެތް https://heerasnews.com/1609 https://heerasnews.com/1609 ދިވެހިންނަކީ ޒަމާނުއްސުރެވެސް އަމިއްލަވަންތަކަމަށް ލޯބިކުރާ ހީވާގި ހޭލުންތެރި ބައެކެވެ. ކަންކަން ދިރާސާކޮށް ވިސްނުންތެރިކަމާއެކު ތަޖުރިބާކުރަމުން ގޮސްފައިވާ ބައެކެވެ. ކާއްޞަކޮށް ޞިއްހީގޮތުން ދިމާވާ ތަފާތު މައްސަލަތަކުގައި ފަތްޕިލާވެއްޔާއި، ގަސްގަހާގެހީގެ ތަފާތު އެހެނިހެން ބައިތައް ބޭނުންކޮށްގެން އެއިރެއްގައި ދިމާވާ ޞިއްހީ މައްސަލަތައް ކާމިޔާބުކަމާއެކު ހައްލުކުރަމުން އައި ބައެކެވެ. މިގޮތުން ބޭސްވެރިކަމުގެ ގޮތުގައި ބޭނުންކުރެވުނު އެއްޗެހީގެ ތެރެއިން ގިނަބަޔަކު ބޭނުންކުރަމުން ދިޔަ އެކައްޗަކީ އަހިވަކެވެ.

އަހި ނުވަތަ އަހިވަކަކީ ކޮބާ؟

އޭޝިއާ، އޮސްޓްރޭލިއާ އަދި ޕޮލިނީޝިއާގެ ޖަޒީރާތަކަށް ނިސްބަތްވާ އަހިގަހަކީ ތަފާތު ސައިޒުތަކަށް ހެދޭ ގަހެކެވެ. މި ގަހުގެ ހުދު މާތަކަކީ ހޮޅިގަނޑެއް ފަދަ މާތަކެކެވެ. މިގަހުގެ މޭވާކަމުގައިވާ އަހިވަކަކީ ޅައިރު ފެހިކުލައިގައި ހުންނަ އަދި ދޮންވުމުން ދޮންފެހި ކުލަޔެއްގައި ހުންނަ މޭވާއެކެވެ. ހޭވިފައިވާ މޭވާގައި ޗީޒް ފަދަ ސިފައެއް ފާޅުވުމާއެކު ނުބައި ވަހެއް ހުރެއެވެ.

އަހިވަކުގެ ބޭނުމަކީ ކޮބާ؟

ޕޮލިނީޝިއާގެ ޝިފާވެރިން ވަނީ ހަކުރުބަލި، ލޭމައްޗަށް ދިއުން، އާތުރައިޓިސް، ދުޅަވުން، ޓިއުމަރު، މުސްކުޅިވުމުގެ އަސަރު، އަދި ޕެރަސައިޓިކް، ވައިރަލް، އަދި ބެކްޓީރިއަލް އިންފެކްޝަންތައް ފަދަ ސިއްހީ ތަފާތު މައްސަލަތަކަށް ފަރުވާ ދިނުމަށް އެތައް ހާސް އަހަރެއް ވަންދެން އަހިވަށް ބޭނުންކޮށްފައިވެއެވެ. ޤަދީމީ ޝިފާ މެނުސްކްރިޕްޓްތަކުގައި ގުދުރަތީ ޝިފާ ފޯމިއުލޭޝަންތަކުގައި ހިމެނޭ އަސާސީ މާއްދާއެއްގެ ގޮތުގައި މި މޭވާ ފާހަގަކޮށްފައި ވެއެވެ.

އަހިގަހާއި ދިވެހިންނާއި ހުރިގުޅުމަކީ ކޮބާ؟

އަހިގަހަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލް ގަހެކެވެ. އަހިގަހުގެ ފަތާއި މާ އަދި ޅަ އަހިވަކާއި ހަރުވެ ދޮންވެފައިވާ އަހިވަކަކީ މިއަދުވެސް ދިވެހިންނަށް ބޭނުންޖެހިފައިވާ އެއްޗެއް ފަދައެވެ. ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގެ ތެރޭގައި އަހިވަށް ބޭނުންކުރެވި އޭގެ ނަތީޖާ ދިވެހިން ވަނީ ތަޖުރިބާ ކޮށްފައެވެ. ޚައްޞަކޮށް ދަރިމައިވުމުގެ މައްސަލަތަކަށާއި ވިހައިގެން އުޅޭ ދުވަސް ވަރު މަތިކަރާ ބޭހުގެ ތެރޭގައިވެސް ޅަ އަހިވަކާއި އޭގެ މާ ހިމެނިފައިވެއެވެ. މީގެ އިތުރުން އަހިފަތް ހޫނުކޮށްގެން ބަނޑުގައެޅުމާއި އެނޫންވެސް ތަފާތު ކަންކަމުގައި ބޭނުންކުރެއެވެ. އަދި ދޮންވެފައިވާ އަހިވަށް ކިތަންމެ ނުބައި ކަމުގައި ވިޔަސް ހަށިގަނޑަށް ލިބިދޭ ލުއިކަމުގެ ސަބަބުން ކާލުމަށް ދިވެހިންގެ ގިނަ ބަޔަކު ޝައުގުވެރިވެއެވެ.

އަހިވަށް އެއީ އެންމެނަށްވެސް ކެވިދާނެ އެއްޗެއްތަ؟

އެއްވެސް އެއްޗަކީ އެންމެންނަށް އެންމެ އެކަށިގެންވާ އެއްޗަކަށް ނުވެދާނެއެވެ. އެކިމީހުންގެ ހަށިގަނޑު އުފެދި ގުނަވަންތައް ފުރިހަމަވެފައިވީ ނަމަވެސް ޞިއްހީގޮތުން ތަފާތު ކަންކަމާ ކުރިމަތިލާން ޖެހޭ މީހުން އުޅޭނެއެވެ. ހަށިގަނޑަށް ބޭނުންވާ މައްދާތައް އެންމެ އެކަށިގެންވާ ވަރަށް އުފައްދާ ނުދޭ މީހުންނާއި ހުންނަންވާ ވަރަށްވުރެ އިތުރަށް ބައެއްބައިތައް ގިނަވެފައިވެސް ހުންނަ މީހުން އުޅޭނެއެވެ. އެހެންކަމުން އެކަކު ކާއެއްޗެއް އަދި އަނެކަކަށް ނުކެވުމަކީވެސް ވެދާނެ ކަމެކެވެ. ޚާއްޞަކޮށް ޞިއްހީ މައްސަލަތައް ހުންނަމީހުން ފަރުވާއެއް ލިބޭކަމަށް ބަޔަކު ބުނާ ކޮންމެ އެއްޗެއް ޑޮކްޓަރެއްގެ ލަފައެއްނެތި ބޭނުން ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އަހިވަކުގައި ގިނަ އަދަދަކަށް ޕޮޓޭސިއަމް އެކުލެވޭ ކަމަށް ޞިއްހީމާހިރުން ވިދާޅުވެއެވެ. އެހެންކަމަށް ވާނަމަ ކިޑްނީގެ މައްސަލަތަކާއި ފުރަމޭގެ މައްސަލަތައް ހުންނަ މީހުން އަހިވަށް ބޭނުންކުރާނަމަ ޑޮކްޓަރުންގެ ލަފަޔާއި މަޝްވަރާ ހޯދަންވާނެއެވެ.

]]>
Sun, 09 Jul 2023 15:10:39 +0500 ނަޒޫ
މޮޅުކުއްޖަކަށް ހެދުމަށް ކުއްޖާ ހަލާކޮށްނުލާ! https://heerasnews.com/1597 https://heerasnews.com/1597 ދިރާސީ އަހަރެއް ނިމި އާދިރާސީ އަހަރެއް އޯގަސްޓްމަހުގެ ތެރޭގައި ފެށޭއިރު ކޮންމެ ކުއްޖަކާ މެދުވެސް ބެލެނިވެރިން އުއްމީދު ކުރަމުން ދާނީ ނިމިގެން ދިޔަ ދިރާސީ އަހަރަށް ވުރެ ކާމިޔާބު އަހަރެއްގެ ގޮތުގައި ކުރިޔަށް އޮތް އަހަރު ހެދުމަށެވެ. ދިރާސީ އަހަރު ނިމުމުގެ މާކުރިން ވެސް ބެލެނިވެރިން މިކަމާ ވިސްނައި އިތުރަށް ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލާ އެންމެ އެކަށިގެންވާ ރަނގަޅުގޮތް ހޯދާނެއެވެ. މިގޮތުން ދަރިވަރުންނަށް ޗުއްޓީވުމާއެކު ގިނަ ބެލެނިވެރިން ޗުއްޓިތެރޭގައި ވެސް ކިޔެވުން މެދުކަނޑާނުލުމުގެ ގޮތުން  ތަފާތު ޕްލޭންތައް ހަދާ އެގޮތަށް ޢަމަލު ކުރަމުން ދާނެއެވެ. އެއީ ސަބަބުތަކެއްވެސް ހުރުމުންނެވެ. ތިމާގެ ދަރިފުޅު މޮޅު ކުރުމަށްޓަކައެވެ. ދުނިޔޭގެ ފެންވަރުގަޔާއި ގައުމީ ފެންވަރުގައެވެ. އަދި ސްކޫލްގެ ފެންވަރުގައިވެސްމެއެވެ. އެހެންކަމުން މިޢަޒުމުގައި ބެލެނިވެރިން އެމީހުންގެ ދަރިން އުގެނުމުގެ ގޮތުން އެންމެ މޮޅު ދަރިވަރަށް ހެދުމަށްޓަކައި ހުވަފެންތަކެއް ދެކެއެވެ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އުގެނުމުގެ ގޮތުން އެކަންޏެއް ނޫނެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. އެހެންކަމުން އެއްކުއްޖަކަށް ކަނޑައަޅާ ޓާރގެޓް އަނެއްކުއްޖަކަށް ހަމަ އެފެންވަރުގައި ވުމަކީ ވެގެންވާނެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. ތިމާގެ ދަރިފުޅަށް ލިބިފައިވާ ގާބިލްކަމަކީ އެހެން ކުދިންގެ ކިބައިންވެސް ފެނިގެން ދާންޖެހޭނެ ކަމެއްގެ ގޮތުގައި ދުށުމަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.

ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ވަރަށް ބޮޑު އަމާނާތެކެވެ. އެއަމާނާތަށް އަޅުގަނޑުމެން ރައްކާތެރިވާން ޖެހޭނެއެވެ. އެދަރިންނަށް ކޮށްދެވެން ހުރި ހުރިހާކަމެއް އެބައެއްގެ ފެންވަރުން ކޮށްދޭންވާނެއެވެ. އޭގެ މާނަޔަކީ ދަރިފުޅުގެ ކިބައިގައި ނެތް ހުނަރެއް ނުވަތަ ގާބިލްކަމެއް ހޯދުމަށްޓަކައި އެދަރިފުޅުގެ ސިނކުޑީގައި ނެތް ފެންވަރުން މަސައްކަތް ކުރުމަށް ބާރު އެޅުމެއް ނޫނެވެ.

ދިރާސީ އަހަރަކަށް ކުރިމަތިލާއިރު ދަރިވަރުން އިތުރަށް މޮޅު ކުރުމަށްޓަކައި އެ ދަރިފުޅު ބަދަލުވީ ގްރޭޑްގެ ފޮތްތައް އެހެން ކުއްޖެއްގެ އަތުން ހޯދާ ބެލެނިވެރިންވެސް މަދެއް ނޫނެވެ. މިކަން މިގޮތަށް ކުރުމުގެ ބޭނުމަކީ އެ ގްރޭޑަށް ދާއިރު ދަރިފުޅު އިތުރަށް މޮޅުކުރުމެވެ. ކިޔެވުން ފެށޭއިރުވެސް ނަގައިދެވޭ ފިލާވަޅުތައް ދަރިފުޅަށް އެނގިފައި ހުރުމެވެ. މިފަދަ ކަންކަމަކީ އޭގެ ސަބަބުން ދަރިފުޅަށް ފައިދާއަށްވުރެ ބޮޑަށް ގެއްލުންވެސް ލިބިދާނެ ކަންކަމެވެ. ސަބަބަކީ ފިލާވަޅު ކުރިޔަށް ނަގައިދީ މަސައްކަތް ފުރިހަމަ ކުރުވުމުން ދަރިފުޅު ކުލާހުގައި ފިލާވަޅަށްދޭ ސަމާލުކަން ކުޑަވުމެވެ. ޓީޗަރު އޮޅުންފިލުވާ ދޭއިރު ކަނުލާ އަޑު އަހަން ބޭނުން ނުވުމެވެ. ޓީޗަރުގެ އޮޅުންފިލުވައި ދިނުމުގައި ބުނެދޭ މަޢުލޫމާތު ދޭހަ ނުވުމެވެ. ދަރިފުޅަށް ކުލާހުގައި ހޭދަ ކުރަންޖެހޭ ވަގުތު ގިނަކަމުގެ އިހުސާސް ކުރެވުމެވެ. ފޫހިވުމެވެ. އަދި އޭގެ ސަބަބުން ބައެއްފަހަރު އެހެންކުދިންނަށް އުދަގޫކޮށްލާ ނުވަތަ ކުލާހުގައި މަޑުން ނުހުރެވުމެވެ. މިދެންނެވިފަދަ ކަންކަމީ ދަރިފުޅަށް ކުރާފައިދާއަށްވުރެ ގެއްލުން ބޮޑު ކަންކަމެވެ. ވުމާއެކު ދަރިފުޅު މޮޅުކުރުމަށްޓަކައިވެސް މިފަދަ ކަންކަން ކުރުމަކީ އެންމެ ރަނގަޅު ކަންކަމެއް ނޫނެވެ.

ދަރިންގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި އަހަރު ފެށެންވާއިރަށް ޓިޔުޝަންދޭނެ ޓިޔުޓަރެއް ހޯދުމަކީވެސް ވަރަށް ގިނަ ބެލެނިވެރިންގެ ވިސްނުމެކެވެ. މިގޮތުން ޓިޔުޝަން ދިނުމަށްޓަކައި ވަކި އުމުރެއް ވަކި މާއްދާއެއް ނެތެވެ. ޕްރީސްކޫލްގެ އުމުރު ފުރާއިން ފެށިގެންގޮސް މަތީ ސާނަވީއާއި ހަމައަށެވެ. މީވެސް ބެލެނިވެރިން ވިސްނާލަންޖެހޭ ވަރަށް މުހިއްމު ކަމެކެވެ. ޕްރީސްކޫލް ދަރިވަރެއްގެ އުމުރު ދެ އަހަރު ބައިން ފެށޭއިރު ދަރިފުޅުގެ ސިކުނޑީގެ ވިސްނުން ތަރައްގީވެފައިވަނީ ނުވަތަ ސިކުޑީގެ ކެޕޭސިޓީއަކީ ކިހާވަރެއްތޯވެސް ބަލާލަން ޖެހެއެވެ. ސްކޫލްގެ ދަންފަޅި ނިމިގެން މިދެންނެވި ތުއްތު ކުއްޖާ ގެޔަށް އައިސް ޤުރުއާން ކުލާހަށް ދާންޖެހެއެވެ. ތާނަ ދަސްކުރުމަށް ދިވެހި ޓިޔުޓަރ ގާތަށް ދާންޖެހެއެވެ. އިގިރޭސިބަސް ދަސްކުރުމަށް އިގިރޭސި ޓިޔުޓަރ ގެއަށް ދާން ޖެހެއެވެ. މީގެ އިތުން ކެމްބްރިޖް ލެވެލްގެ ފައުންޑޭޝަން ކުލާސްތައް ހިންގާ ސެންޓަރު ތަކަށް ދާންޖެހެއެވެ. މިހެންގޮސް ކިޔާނެ ކަމެއްނެތެވެ. މީ ފައުންޑޭޝަން ސްޓޭޖްގެ ތުއްތު ދަރިފުޅުގެ ޝެޑިޔުލްއެވެ. ބޭނުމަކީ މަތީގްރޭޑްތަކަށް ދާންވާއިރަށް ވަރަށް މޮޅު ކުއްޖަކަށް ހެދުމެވެ. އެހެންނަމަވެސް އެކުއްޖެއްގެ ސިކުނޑިއާއި އެކަށީގެން ނުވާވަރަށް މަސައްކަތް ކުރަންޖެހޭނަމަ ނަތީޖާއަކަށްވާނީ ދަރިފުޅުގެ ސިކުޑީގައި ހާސްކަން އިތުރުވެ ދަރިފުޅަށް ލިބިފައިވާ ގާބިލްކަމުގެ މިންވަރުވެސް ބޭނުން ނުކުރެވި ދިއުމެވެ. އުގެނުމަށް ފޫހިވުމެވެ. މިއީ ހަމަ އެކަނި ފައުންޑޭޝަންގެ މަރުހަލާގެ ދަރިވަރުންނަށް އޮތްކަމެއް ނޫނެވެ. ފަށާތަޢުލީމާ ސާނަވީއާއި މަތީ ސާނަވީ ދަރިވަރުންގެ ހާލަކީވެސް މިއެވެ. ވުމާއެކު ކޮންމެ ބެލެނިވެރިޔަކުވެސް ވިސްނަންވީ ޓިޔުޝަން ކޮންމެހެން ނަގަންޖެހޭ މިންވަރަށް ދަރިފުޅުގެ ހާލަތު އައިސްގެން މެނުވީ އެކަން ނުކުރުމަށެވެ. ތިމާގެ ދަރިފުޅަށް ތިމާ ނުދިން ލޯތްބާއި އަޅާލުން ދޭނީ އެހެން ކާކުހެއްޔެވެ؟

]]>
Thu, 06 Jul 2023 11:53:10 +0500 ނަޒޫ
ވާހަކަ: ލައިޝާގެ އީދު ދަތުރު https://heerasnews.com/1393 https://heerasnews.com/1393 ޢީދުދުވަހަކީ ވަރަށް އުފާވެރި ދުވަހެކެވެ. އީދު ދުވަހަށް އެންމެންވެސް ތައްޔާރުވަމުންދަނީ ވަރަށް ފޯރިޔާއެކުއެވެ. އީދުދުވަހު އެންމެންވެސް ރީތީ އައު ހެދުމެއް ލާން ބޭނުންވެއެވެ. މީރު ކެއުންތައް ކެއުމަށް ކާނާގެ ތަފާތު ބާވަތްތައް ގަނެއެވެ. އާއިލާގެ މީހުންނާއި ބައްދަލުކުރުމަށް އުއްމީދު ކުރަމުން ދެއެވެ. އެއްބަޔަކު ދަތުރުދާން ބެނުންވާއިރު އަނެއްބަޔަކު ބަލަނީ ދަތުރު އަންނަމީހުންނަށް މެހުމާންދާރީ އަދާކުރެވޭތޯއެވެ. މިގޮތުގައި އެކިމީހުން އެކި އުއްމީދުގައި އީދު ދުވަސް ރާވައެވެ.

މިއަދަކީ ރޯދަމަހުގެ ފަހުދުވަހެވެ. ލައިޝާ ތައްޔާރުވަމުންދަނީ ލައިޝާގެ އާއިލާޔާއެކު ރަށަކަށް ދާށެވެ. އެއީ ލައިޝާ މަންމަގެ ރަހުމަތްތެރި ފައިހާ އުޅޭ ރަށެވެ. ދަތުރު ދިއުމަށް އާއިލާއިން ތައްޔާރުވަމުން ދިޔައިރު ލައިޝާ ތައްޔާރުވަމުން ދިޔައީ މުޅިން އެހެން ކަމަކަށެވެ. އެއީ ސްކޫލު ހުޅުވެންވާއިރަށް ހަދަންދީފައިވާ ފިލާވަޅުތައް ހެދުމަށެވެ. ލައިޝާ ދެކޭ ގޮތުގައި ދަތުރު ނިންމާލާފައި އަންނައިރު ހުންނާނީ ވަރަށް ވަރުބަލި ވެފައެވެ. އެހެންކަމުން ނިންމަންޖެހޭ ފިލާވަޅުތައް ނިންމާލާފައި ދަތުރުދިއުމަކީ ދަތުރުގެ ތެރޭގައިވެސް އަދި އެނބުރި އައުމަށްފަހުވެސް ހިތްހަމަޖެހުން ލިބޭނެ ކަމެކެވެ. ސްކޫލްގެ ފިލާވަޅުތައް ހެދުމަށްފަހު ލައިޝާ އަދި ކުރަން ބޭނުންވާ އެހެން މަސައްކަތެއްވެސް އެބައޮތެވެ. އެއީ ލައިޝާ މަންމަގެ ރަހުމަތްތެރި ފައިހާއަށް އީދު ކާޑެއް ހެދުމެވެ. ލައިޝާދެކޭ ގޮތުގައި ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ނުވާނެ ކަމެއް ނޯންނާއެވެ.

ލައިޝާއަކީ ވަރަށް ބަސްއަހާ ކިޔެވުމަށް މޮޅު ކުއްޖެކެވެ. އަދި ގަވާއިދުން ނަމާދުކޮށް ޤުރުއާން ކިޔަވައި އެހެންމީހުންނަށް އިހުތިރާމްކޮށް އެހީތެރިވާ، ވަރަށް ސާފްތާހިރު ކުއްޖެކެވެ.  ލައިޝާއަކީ އިސްކޮޅުން ދިގު ހަމުގެ ކުލަދޮން ލޫޅާފަތި ކުއްޖެކެވެ. ރީތި ދެލޮލަކާއި ފަން އިސްތަށިގަނޑެއް ޤުދުރަތުން ލިބިފައިވާ ކުއްޖެކެވެ. މީގެ އިތުރުން ލައިޝާ ގެ ހިނިތުންވުމަކީ އެންމެންވެސް ލައިޝާދެކެ ނުހަނު ލޯބިވާ ޚާއްޞަ ސިފައެކެވެ.

ލައިޝާ އުއްމީދުކުރިގޮތަށް ސްކޫލްގެ ހުރިހާ މަސައްކަތެއް ނިންމާލާ އީދު ކާޑުވެސް ތައްޔާރު ކޮށްލިއެވެ. އެއަށްފަހު ލައިޝާގެ ދަތުރަށް މަންމަމެން ކުރަމުން ދިޔަ މަސައްކަތުގައި ބައިވެރިވުމަށްފަހު ފަތިހު ހޭލުމަށްޓަކައި ނިދަން އޮށޯތެވެ.

އީދު ދުވަހުގެ ހެދުނު ދަތުރު ދިއުމަށްޓަކައި ލައިޝާއާއި އޭނާގެ އާއިލާ ފުރައިފިއެވެ. އެއީ ވަރަށް ހިތްގައިމު ރީތި ދުވަހެކެވެ. ވައިޖެހެމުންދިޔައީ އާދައިގެ ވަރަކަށެވެ. ކަނޑުވެސް މަޑުވެފައި އެހާ އޮމާނެވެ. ލައިޝާއާއި އޭނާގެ އާއިލާ ހއ އުތީމަށް ހިނގައްޖެއެވެ. ރަށުގެ މަލަމަތިން ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ގުދުރަތީ މަންޒަރު ތަކެކެވެ.

ފައިހާފެނުމާއެކު ލައިޝާ ފުރަތަމަވެސް ދިއްކޮށްލީ ވަރަށް ރީތި ކާޑެކެވެ. އެކާޑުގައި ފައިހާގެ އާއިލާއަށް އީދުގެ ތަހުނިޔާގެ ރީތި ޖުމްލަތަކެއް ލިޔެފައި އޮތެވެ. މިކަންވީ ލައިޝާގެ އާއިލާއަށް ލިބުނު ވަރަށް އުފާވެރި އެހެނަސް ހައިރާން ކުރުވަނި ކަމަކަށެވެ. އެއަށްފަހު ލައިޝާ ބޭނުންވެގެން އަތްދަބަސްތައް ގޭގައި ބެހެއްޓުމަށްފަހު ފުރަތަމަ ދިޔައީ ރަށުތެރެ ބަލާލާށެވެ. އެންމެ ފުރަތަމަވެސް ދިޔައީ ރަށުގެ އަތިރިމައްޗަށެވެ. ލައިޝާ ހުރީ އަތިރިމަތީގެ ރީތިކަންފެނި އަންތަރީސް ވެފައެވެ.

ރަށުތެރެ ބަލާލުމަށްފަހު ލައިޝާ ގެޔަށް އައިސް އޭނާއަށް ފެނުނު ތަންތަން ނޯޓްފޮތުގައި ލިޔެލިއެވެ. އެވަގުތު ލައިޝާގެ މަންމަ ލައިޝާ ގާތު ސުވާލުކޮށްލިއެވެ. ދަރިފުޅު ތިޔަ ލިޔެލީ ފެނުނު ތަންތަނުގެ ނަންތަކެވެ. ތިޔަ ނަންތަކަށް ސިފަކުރާ ލަފްޒެއްވެސް ގުޅުވާލާށެވެ. ލައިޝާ ބުންޏެވެ. "ސިފަކުރާ ލަފްޒަކީ ކޮބައިހެއްޔެވެ؟" މަންމަ ބުންޏެވެ. " އެއީ ނަމުގެ ފަހަތަށް ގެންނަ އިތުރެވެ. ނަންއިތުރެވެ. ނަންއިތުރެއްގައި އޮންނާނީ ނަމަކަށް ގެންނަ އިތުރު ސިފައެކެވެ. މިސާލަކަށް ދަރިފުޅު ފުރަތަމަ ލިޔެފައި ތިޔަ އޮތީ 'އަތިރިމަތި' ނޫންހެއްޔެވެ. އަތިރިމަތި ދަރިފުޅު ސިފަކުރާނަމަ ބުނާނީ ކީކޭ ހެއްޔެވެ." ޖަވާބުގައި ލައިޝާ ބުންޏެވެ. ރީތި އަތިރިމައްޗެކެވެ. ދެވަނަ އަށް ލިޔެފައި އޮތް ނަން ނުކިޔަނިސް ލައިޝާ ބުންޏެވެ. ސާފު މޫދު، ޗާލު ގޮނޑުދޮށް މިހިސާބަށް ލައިޝަ ކިޔުމުން ލައިޝާގެ މަންމަ ލައިޝާގައިގައި ލޯބިން ބައްދާލާފައި ބުންޏެވެ. ތިޔައީ ހާދަ މޮޅުކުއްޖެކެވެ.

ލައިޝާގެ އާއިލާ ކުރިދަތުރަކީ ވަރަށް އުފާވެރި ދަތުރެކެވެ. ދަތުރު ނިންމާލުމަށްފަހު ލޯންޗަށް އަރަމުން ލައިޝާ އެންމެ ފަހުބަހަކަށްވެސް ބުނީ މިއީ ހާދަހާ މަޖާ ދަތުރެކެވެ. މިދަތުރުން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އުފަލަކީ ނަން އިތުރު ދަސްވުމެވެ. އަޅުގަނޑު ގެޔަށް ގޮސް މިދަތުރުގައި ބޭނުންކުރި ހުރިހާ ނަންތަކަކާ ގުޅޭ ނަންއިތުރުތަކެއް ހޯދާނަމެވެ.    

]]>
Wed, 17 May 2023 11:27:30 +0500 ނަޒޫ
ދިވެހި ބަސް: މާދަރީބަހުގެ މުހިއްމުކަން https://heerasnews.com/1372 https://heerasnews.com/1372 ދިވެހިންނަކީ ޒަމާނުއްސުރެވެސް އަމިއްލަވަންތަކަމަށް ލޯބިކުރަމުން އައި ބައެކެވެ. އަމިއްލަބަހަކާއި ބަހާއި ގުޅިފައިވާ ސަގާފަތަކާއި ރީތި އާދަތަކެއް ދަމަހައްޓަމުން އައި ބައެކެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުން ބައްޓަން ކުރަމުން އައި ވަރަށް ހީވާގި ބައެއްވެސް މެއެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިންސާނުންގެ ވިސްނުމާއި އުޅުމަށްވެސް ބަދަލު އަންނަމުންދަނީ ހީވެސް ނުކުރާހާ ހަލުވި ކަމާއެކުގައެވެ. އަމިއްލަވަންތަ ކަމާއި އަމިއްލަ ބަހާއި މަސައްކަތުގެ ވައްޓަފާޅިއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސް ބޭރުގެ ނުފޫޒުތައް މިވަނީ ރަނގަޅުގޮތްކަމުގައި ބެލެން ފެށިފައެވެ. މިގޮތުން އެންމެ ބޮޑަށް ނުފޫޒު ފޯރަމުންދާ އެކައްޗަކީ ދިވެހިންގެ މާދަރީބަސްކަމުގައިވާ ދިވެހި ބަހެވެ.

ދިވެހިބަހަކީ ދިވެހިގައުމިއްޔަތުގެ ތަނބެވެ. އެއީ ދިވެހިންގެ ފަޚުރެވެ. ދިވެހިންގެ މިނިވަންކަމުގެ އެއް އަސާސެވެ. ހަމއެހެންމެ ދިވެހިންގެ ރަމްޒުވެސްމެއެވެ. މިފަދަ މުހިއްމު ބަހަކަށް ދިވެހި ބަސްވެފައިވާއިރު ދިވެހިބަހަށް ދޭ ސަމާލުކަން ކުޑަވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ތިބާގެ އަމިއްލަ ބަހަށްވުރެ އިސްކަންދޭންޖެހޭނެ އެހެން ބަހެއް އޮންނާނެ ހެއްޔެވެ. ފަހަރެއްގައި މާދަރީބަހަށްދޭ ސަމާލުކަން ކުޑަވަނީ މާދަރީބަހެއްގެ މުހިއްމުކަމާއި ފައިދާ ނޭނގޭތީކަމަށް ވުމަކީވެސް ވެދާނެ ކަމެކެވެ. އެހެންކަމުން މިލިޔުމުގައި މިބަލާލަނީ މާދަރީބަހުގެ މުހިއްމުކަމަށެވެ.

މާދަރީބަސް މުހިއްމުވަނީ ކީއްވެ؟

މާދަރީ ބަހަކީ ވިހެއުމަށްފަހު ދަރިފުޅަށް އަޑުއިވޭ އަދި އަޅުގަނޑުމެންގެ އިޙްސާސްތަކާއި ފިކުރުތަކަށް ކަނޑައެޅިގެން ބައްޓަމެއް ދިނުމަށް އެހީތެރިވެދޭ ބަހެވެ. މާދަރީ ބަހުން އުނގެނުމަކީ ވެސް ކްރިޓިކަލް ތިންކިންގެ އެހެން ހުނަރުތަކާއި، ދެވަނަ ބަސް އުނގެނުމަށާއި، ލިޔަންކިޔަން ދަސްކުރުމުގެ ހުނަރުތައް ރަނގަޅުކުރުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާ ބަހެކެވެ.

މާދަރީ ބަހުގެ ބާރަކީ ކޮބާ؟

އިންސާނިއްޔަތުގެ މުއްސަނދިކަން ދަމަހައްޓައި، އިޙްތިރާމް ލިބިގެންވާ ދުނިޔެއެއްގައި އުޅުމަށްޓަކައި، ބަހުގެ ތަފާތުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުން މުހިއްމެވެ. އަދި، ޚާއްޞަކޮށް، މުޖުތަމަޢުގައި އަޅުގަނޑުމެންގެ ފުރަތަމަ މުޢާމަލާތްތަކާއި، އަޅުގަނޑުމެންގެ ޠަބީޢީ ހަދިޔާތަކުގެ އަސާސް ދަމަހައްޓައި ދެނީވެސް މާދަރީބަހެވެ. އެހެންކަމުން މިއީ މާދަރީ ބަހުގެ ބާރޭ ބުނެވިދާނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މާދަރީ ބަހުން ތައުލީމަކީ ފެންވަރު ރަނގަޅު އުނގެނުމަށް މުހިންމު ކަމެއް ކަމަށާއި، އަދި އެއީ އުނގެނުމުގެ ނަތީޖާއާއި ތައުލީމީ ނަތީޖާ ރަނގަޅުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް ފަށާތަޢުލީމްގެ ހަރުފަތުގައި ޢިލްމުގެ ފަރަގުތަކުން ސަލާމަތްވެ، އުނގެނުމާއި ވިސްނުމުގެ ސްޕީޑް އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

ބަހުގެ ސަބަބުން ސަގާފަތަށް އަސަރުކުރަނީ ކިހިނެއް؟

ބަހާއި ސަގާފަތަކީ އެކަކު އަނެކަކަށް ބަރޯސާވެފައިވާ އެއްޗެކެވެ. ސަގާފަތެއްގެ ތެރޭގައި ޙާދިސާތަކާއި ތަޖުރިބާތައް ހިނގާއިރު އެކަންކަން ފާޅުކުރުމަށް ބޭނުންކުރަނީ ބަހެވެ. ބޭރު މީހަކަށް ސަގާފީ ތަޖުރިބާއިން އުފެދުނު ލަފުޒުތަކުގެ މާނައެއް ނެތް ނަމަވެސް އެތެރޭގެ މީހުންނަށް އެ ބަސްތައް ގުގުމާލަނީ ވާހަކަ ދެއްކުމާ ޚިލާފު ނޫން އަނގަބަހުން ބުނާ ސަގާފަތެއްގެ ގޮތުގައެވެ.

ބަހުން ސުލޫކަށް އަސަރު ކުރަނީ ކިހިނެއް؟

ބަހަކީ މީހުން ވިސްނުމާއި އުޅުން ބައްޓަންކުރާ އެއްޗެކެވެ. އަމިއްލައަށް އިޖުތިމާޢީ ސުލޫކު ރެގިއުލޭޓް ކުރުމަށް ބޭނުންވަނީ ބަހުގެ ޙާޟިރީއެވެ. ކުއްޖަކު އޭނާގެ އިޙްސާސްތަކާއި ޖަޒުބާތުތައް ފާޅުކުރަނީ ބަހުގެ ތެރެއިންނެވެ. އެހެން މީހުންގެ ސުލޫކަށް ނުފޫޒު ފޯރުވުމަށް ބަހުގެ ބޭނުން ހިފަން ކުއްޖާ ދަސްކުރެއެވެ. ގިނަ ފަހަރަށް ބޮޑެތި މީހުންނަށް ވެސް ހަމަ މި އުސޫލުތައް ތަންފީޒު ކުރެވެއެވެ.

މުޖުތަމަޢުގައި ބަސް މުހިއްމުވަނީ ކީއްވެ؟

ބަހަކީ މުވާޞަލާތާއި މުޢާމަލާތް ކުރުމަށް މުހިންމު ވަސީލަތެކެވެ. ބަހަކީ ހަމައެކަނި ޙަޤީޤަތްތަކާއި ތަޙުލީލުތައް ދައްކުވައިދީ ފާޅުކުރާ އެއްޗެއް ނޫނެވެ. އެއީ ވިސްނުމާއި ސުލޫކަށްވެސް ނުފޫޒު ފޯރުވާ އެއްޗެކެވެ. މިގޮތުން ބަހަކީ މުޖުތަމަޢުގެ ތަރައްޤީގެ އަސްލުގައިވާ ސަޤާފީ ޝަރުޠުތަކުގެ މުހިންމު ބައެކެވެ.

ބަސް ދަސްކުރުމުން ސިކުނޑިއަށް އަސަރުކުރަނީ ކިހިނެއް؟

ދިރާސާތަކުން ދައްކާ ގޮތުގައި ބަހެއް ދަސްކުރުމުން ގްރޭ މެޓަރގެ ވޮލިއުމް އާއި ޑެންސިޓީ އިތުރުވެ، ވައިޓް މެޓަރގެ ވޮލިއުމް އިތުރުވެ، ސިކުނޑީގެ ގުޅުން އިތުރުވެއެވެ. ދެވަނަ ބަހަކަށް ސިކުނޑި ތަނަވަސް ކޮށްދެއެވެ. އަދި ދެވަނަ ބަހެއް ބޭނުންކުރާ މީހުންގެ ހަނދާންތައް ވަރުގަދަ ކޮށްދިނުމަކީވެސް މާދަރީބަސް ބޭނުންކުރުމުން ކުއްޖާއަށް ލިބިދޭ ފައިދާއެކެވެ. ބަހުގެ ސަބަބުން ވާހަކަ ދެއްކުމާއި، ކިޔުމާއި، ލިޔުމުން އަޅުގަނޑުމެންގެ ބުއްދި އެހެން މީހުންނަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިގެންދެއެވެ. މަޝްހޫރު ސައިކޮލޮޖިސްޓް ސްޓީވަން ޕިންކަރ ވިދާޅުވި ފަދައިން ބަހަކީ “ކޮގްނިޝަންގެ ތާޖުގައިވާ ޖަވާހިރު” އެކެވެ.

]]>
Fri, 12 May 2023 11:16:14 +0500 ނަޒޫ
ކުޑަކުދިންގެ ދުވަހާއި ކުޑަކުދީން https://heerasnews.com/1365 https://heerasnews.com/1365 ދުނިޔޭގައި ތަފާތު އެކި ކަހަލަ ދުވަސްތައް ފާހަގަކުރަމުން އައުމަކީ މިހާރު އާއްމުކަމެކެވެ. އަހަރުގެ ގިނަ ދުވަސްތަކަކީ މިފަދަ ދުވަސްތައް ކަމަށްވީހިނދު ކޮންމެސް އެއްކަމެއް ފާހަގަ ކުރުމަށް ބަޔަކު އަވަދިނެތި އުޅެމުން ދާތަން ފެނެއެވެ. އެކަކަށްވުރެ އަނެކަކު ނުވަތަ އެއްބަޔަކަށްވުރެ އަނެއްބަޔަކު ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރަން އުޅޭތަންފެނެއެވެ. ބައެއްދުވަސްތައް ފާހަގަކުރުމުގައި މީ މުބާރާތެކޭވެސް ހީވަމުންދެއެވެ. ކޮންމެއަކަސް ތަފާތު ފެންވަރުގައި ފާހަގަކުރަމުންދާ ދުވަސްތަކުގެ ތެރެއިންވެސް ކުޑަކުދިންގެ ދުވަހަކީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެވިގެން ރައްޖޭގައިވެސް ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިދުވަސް އެންމެ ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އަންނަނީ ސްކޫލްތަކުގައެވެ.

ކޮންމެ އަހަރެއްގެވެސް ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ މެއި 10 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރުމަށްޓަކައި ސްކޫލްތަކުގެ މުއައްޒަފުންނާއި ބެލެނިވެރިން ދުރާލާ ތައްޔާރުވާން ފަށައެވެ. އަދި ކުޑަކުދިންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށްޓަކައި ބޮޑެތި ޢަދަދުތަކުން ޚަރަދު ކުރެއެވެ. ރެޔާދުވާލް ސްކޫލްގައި ހޭދަކުރަން ޖެހުނަސް ބޮޑުކަމަކަށް ނުވެއެވެ. އުފަލާއެކު ކޮށްދޭހިތުން ބެލެނިވެރިންވެސް ތިބެނީ ތައްޔާރަށެވެ.

ކުޑަކުދިންނަކީ ވަރަށް މުހިއްމު ބައެއް

ކުޑަކުދިންނަކީ ކޮންމެ އާއިލާއަކަށްވެސް އެހާމެ ބޮޑު އުފަލެއްދީ އާއިލާއަށް ހިނިތުންވުން ގެނެސްދޭ ބައެކެވެ. އެކުދިން އާއިލާގެ މެންބަރުންގެ ގައިގައި ބައްދާލައިގެން ލޯބިވަނީ ބެލުމެއްނެތިއެވެ. އެކުދިން އާއިލާގެ މެންބަރުންނަށް ޙަޤީޤަތް ކިޔައިދީ، ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެއް ފިލާވަޅުތައް ދަސްކޮށްދެއެވެ. އެހެންކަމުން ކުދިންގެ ކުޑައިރުގެ ދުވަސްތަކަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ޚަޒާނާއެއްކަމުގައި ބަލަންޖެހެއެވެ..

ކުޑަކުދިންގެ ކިބައިން ފެންނަ އަޖައިބު ކުރުވަނިވި ބައެއްކަންކަން

ކުޑަކުދިންގެ ކިބައިގައި ވިސްނާ ފިކުރުކޮށްފި މީހަކަށް އަޖައިބަކަށް ފުދޭވަރުގެ އެތަކެއް ކަމެއް ލައްވާފއިފައިވެއެވެ. އެކަން އެގޮތަށް މިންވަރު ކުރައްވާފައިވަނީވެސް އެކުދިންގެ މައުސޫމްކަމާއެކު ހަރުދަނާ މުސްތަގުބަލެއް ލިބިދިނުމުގެ ބޭނުމުގައެވެ. މިގޮތުން ފާހަގަކޮށްލެވޭ އަޖައިބު ތަކުގެ ތެރޭގައި:

1- ކުދިންގެ ވަޒީފާއަކީ އުނގެނުމެވެ. ކުޑަކުދިން އަބަދުވެސް ތައްޔާރުވެގެން ތިބެނީ ހުނަރާއި ފިލާވަޅު ދަސްކުރުމަށެވެ. އެކުދިން ދިރިއުޅެނީ އެކުދިންގެ ކުޑަކުޑަ ސިކުނޑި ތަރައްޤީ ކުރުމަށެވެ. އެއީ އުނގެނުން އެންމެ ފުރިހަމައަށް ތަމްސީލުކުރާ ކަންކަމެވެ. އަޅުގަނޑުމެންގެ ދަރިންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭން ބޭނުންނަމަ، ކުޑައިރުގެ އުމުރަކީ އެ އުނގެނުމަށް އެކަށީގެންވާ މަރުހަލާއެވެ. އެހެނީ ކުޑަކުދިންނަކީ ވަށައިގެންވާ ހުރިހާ އެއްޗެއް ޖަހައިގަންނަ ކުދިކުދި ސްޕޮންޖްތަކެއް ފަދަބަޔަކަށްވީކަމެވެ.

2- ކުދިން އަނގައިން ދަސްކުރެއެވެ. އެންމެ ތުއްތު އިރުއްސުރެ ކުދިން ކިޔަވާ ގޮތް އަޅުގަނޑުމެން ދެކެމުއެވެ. އެކުދިންގެ ހިއްސުތަކުގެ ތެރެއިން ދުނިޔެއާ މެދު ދާއިމީ ގުޅުމެއް ހިނގައެވެ. އެކުދިން ތަޖުރިބާތަކެއްކޮށް ޖިސްމާނީ ގޮތުން ދުނިޔެއާ ގުޅިގެން އުޅެއެވެ. އޭގެ މިސާލަކީ ދަރިފުޅު ހުރިހާ އެއްޗެއް އަނގައަށް ގެންދާތަން ފެނެއެވެ. އެއީ އެކުދިންގެ ދަސްކުރުމުގެ ފުރަތަމަ މަރުހަލާއެވެ.

3- ކުދިން އެކުދިންގެ ހަށިގަނޑުގެ އަޑުއަހައެވެ. ޖަވާބު ނުދެވޭ އުމުރުގައި އެކުދިންގެ ހަށިގަނޑުން ބުނާ އެއްޗަކަށް ރައްދުދެއެވެ. އެއްވެސް ތަފާތުކުރުމެއް، އިޖުތިމާޢީ މުޢާހަދާތަކެއް ނެތިއެވެ.

4- ކުދިން ކުދިކުދި ކަންތައްތަކުގެ އަގު ވަޒަން ކުރެއެވެ. އެންމެ ކުދިކުދި އަދި އަގު ކުޑަ އެއްޗެއްސަކީ ކުޑަކުދިންނަށް އަގުހުރި އެއްޗެއްސެވެ.  މިގޮތުން ހިލަގަނޑެއް، ގާކޮޅެއް، މޯޅިވެފައިވާ މަލެއް، ހުސް ފުޅިއެއް ފަދަ އެއްޗެއްސަކީ އެކުދިން ވަރަށް ގަޔާވާ އަދި އެހާމެ ބޭނުން އެއްޗެއްސެވެ.

5- ކުދިންނަކީ ޚިޔާލީ ބައެކެވެ. ކުޑަކުދިންނަކީ ވަރަށް ޚިޔާލީ ބައެކެވެ. ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި އެކުދިންގެ ޚިޔާލީ ނަޒަރުން މުޅި ދުނިޔެވެސް ބަލާލަފާނެއެވެ. އަދި ތަފާތު އެކިކަހަލަ މީހުންގެ ގޮތުގައި ވިސްނުން ބަހައްޓައިގެން ތަފާތު ތަމްސީލްތައް ކުޅެލަފާނެއެވެ.

     މަތީގައި ފާހަގަކުރެވުނު ކަންކަމަށް ބަލާއިރު މިފަދަ ލޯބިލޯބި ކުދިންތަކަކަށް އަންނަ އެންމެ ދުވަހެއް ފާހަގަކޮށްނުދީ ތިބެވޭނީ ކިހިނެއްހެއްޔެވެ. ތިބާގެ ދަރިފުޅަށް ކުޑަކުދިންގެ ދުވަސް ފާހަގަކޮށްދޭހާ ފޯރިޔާއި ޖޯޝާއެކު ތިބާގެ ދަރިފުޅަކީ ދެދުނިޔޭގެ ބާއްޖަވެރިން ކަމުގައި ހެދުމަށްވެސް ޝައުގުވެރިކަން ދޭށެވެ.

]]>
Wed, 10 May 2023 17:15:22 +0500 ނަޒޫ
ދަރިން ތަރުބިއްޔަތު ކުރުމަށް އަގުބޮޑު އެއްޗެހި ބޭނުމެއްނުވޭ. https://heerasnews.com/1278 https://heerasnews.com/1278 ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށްވެސް ބޮޑު އަމާނާތެކެވެ. ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިތުރަތުގެ ސާފުކަމާއެކުއެވެ. ކުށެއްނެތް މައުސޫމް ހާލުގައެވެ، މައިންބަފައިންގެ އުއްމީދަކީވެސް އެދަރިފުޅު ލޯތްބާއި އޯގާތެރިކަމާއެކު ދޭންޖެހޭ ހުރިހާ ތަރުބިއްޔަތެއްދީގެން ބަލާ ބޮޑުކުރުމެވެ. މައިންބަފައިން މުސްކުޅިވެ އެހީއަށް ބޭނުންވާދުވަހު އެދަރިންގެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމައަށް ލިބުމެވެ. އެހެންނަމަވެސް މިދެންނެވި އުއްމީދުތައް ހާޞިލްވަނީ ކިތައްމީހުންނަށް ބާވައެވެ. ހިތްހަމަޖެހިލައިގެން ތިބާގެ ދަރިފުޅުގެ ވާހަކަދައްކާލުމުގެ ފުރުސަތު ލިބޭހެއްޔެވެ. މިއީ މިއަދު އެންމެންވެސް ދައްކާ ވާހަކައެވެ. ކުރަމުން އަންނަ ސުވާލެވެ.

ދަރިންގެ ތަރުބިއްޔަތުގެ ފެށުން

ވަރަށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ދަރިންގެ ތަރުބިއްޔަތުފެށޭނީ އެ ދަރިފުޅު ދުނިޔެއަށް އުފަންވުމަށް ފަހުކަމަށެވެ. ދަރިފުޅަށްޓަކައި ކޮށްދޭންޖެހޭ ހުރިހާ ކަމެއްވެސް ކުރަން ފަށަންޖެހޭނީ ދަރިފުޅު ލޮލަށްފެނި އަތަށް ލިބޭ ހިސާބުން ކަމަށެވެ. އެހެންނަމަވެސް އެއީ އަދި އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. މައިމީހާގެ ރަހިމުގައި ދަރިފުޅު ޣަރުބަގަތީއްސުރެ އެދަރިފުޅަށްޓަކައި ހާޞިލްކުރަން ބެނުންވާ އުއްމީދުތައް ފަށަންޖެހެއެވެ.

އަޅުކަމުގައި ހޭދަކުރާ ވަގުތު އިތުރުކުރުމާއި ދުޢާކުރުމާއި ފައިދާހުރި ރަނގަޅުކާނާ ކެއެއުމާއި ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި މިފަދަ ކަންކަމަކީވެސް ދަރިފުޅަށްދެވޭ ތަރުބިއްޔަތާއި ލޯތްބެވެ.

ދަރިފުޅު އުފަންވުން.

ކޮންމެ އާއިލާއަކަށްވެސް ދަރިޔަކު އުފަންވާ ދުވަހަކީ ވަރަށް އުފާވެރި ދުވަހެކެވެ. ޚާއްޞަކޮށް އެދަރިފުޅުގެ މަންމަޔާއި ބައްޕަޔަށް އެއީ އީދެއްފަދަ ދުވަހެކެވެ. އަދި އެދަރިފުޅާއިމެދު ހަމައެދުވަހުންފެށިގެން ވިސްނަން ފަށައެވެ. ދަރިފުޅު ގެންގުޅޭނެ ގޮތާއި ތަރުބިއްޔަތު ކުރާނެ ގޮތެވެ. ލައްވާނެ އަންނައުނާއި ކާންދޭނެ އެއްޗެއްސާއި މެދުގައެވެ. ކުޅެން ހޯދާނެ ކުޅޭއެއްޗެއްސާއި ކޮޓަރި ތައްޔާރު ކުރާނެގޮތެވެ. އަދި މިނޫންވެސް މިފަދަ އެތައްކަމެކެވެ. ޚާއްޞަގޮތެއްގައި ދަރިފުޅަށް އުގަނަނައިދޭނެ ގޮތަކާމެދުގައެވެ.

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއް.

އަޅުގަނޑުމެންގެ ތެރޭގައި ކިޔަވައިގެން ތިބި މީހުން ގިނަ ނަމަވެސް ވިސްނުން ތަރައްގީވެފައިވާ މީހުންގެ އަދަދު ނިސްބަތުން ގިނައޭ ބުނެވޭކަށް ނެތެވެ. މިކަން އެންމެ ބޮޑަށް ހާމަވަމުންދަނީ ދަރިންގެ ތަޢުލީމަށް ބިންގާ އަޅާ ހިސާބުންނެވެ. ކޮންމެ މަންމައަކާއި ބައްޕައެއްގެ އުއްމީދަކީވެސް ދަރިފުޅު ޢިލްމީ ގޮތުން ޤާބިލް ކުއްޖަކަށް ހެދުމެވެ. މިކަމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމަކަށް ތައްޔާރުވާން އެބައެއްގެ ފެންވަރުން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އަދިވެސް ގިނަ ބެލެނިވެރިންނަށް ވިސްނާނުލެވޭ ކަމެއް އެބައޮތެވެ. އެއީ ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެއްކަމެވެ. ވަކި މީހަކަށް ހެދުމަށް ނުވަތަ ވަކި މީހެއްގެ ދަރިޔަކާ އެއްހަމަ ކުރުމަށް އުގަންނައިދޭން ވިސްނާ ވިސްނުމެވެ. ސްކޫލްގެ އެންމެ މަތީ ވަނަތައް ހާޞިލް ކުރުމަށް ދަރިފުޅަށް ކުރާ މަޖުބޫރެވެ. އަދި ވަކި ފެންވަރެއްގެ ނަތީޖާއެއް ނުލިބިއްޖެނަމަ އެދަރިފުޅުދެކެ ރުޅިއައުމާ އެދަރިފުޅަށް ބައެއްފަހަރު ކޮށްދޭން ބުނާކަންކަން ނުކޮށްދީ އަދި ބައެއް ހާލަތްތަކުގައި ދެވޭ އަދަބު ތަކެވެ. މީ ވަރަށް ކަންބޮޑުވާންޖެހޭ ކަންކަމެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އެކިކުދިންގެ ވިސްނުން ތަރައްގީވަމުން އަންނާނީ އެކިވަރަށެވެ. އެކިކުދިން ހެދިބޮޑުވަމުންވެސް އަންނަނީ އެކިވަރަށެވެ. ދިރިއުޅުމުގެ މާހައުލާއި ކާނާއާއި މާލީ ހާލަތާއި ބަސްމޮށުންތެރިކަމާއި ޢިލްމީ ޤާބިލްކަން އަދި ތަފާތު ހުނަރުތައް އެކި އާއިލާތަކަށް ލިބިފައިވާނީވެސް އެކިވަރަށެވެ. ވުމާއެކު ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ ފެންވަރުން އުގަންނައިދޭން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ކޮންމެ ބެލެނިވެރިޔަކަށްވެސް ކޮށްދެވިދާނެ ކަންކަން.

ޢިލްމީ ޤާބިލްކަން އުފައްދައި ދަރިން ތަރުބިއްޔަތު ކުރުމުގައި އަގުބޮޑު ނުވަތަ މަޝްހޫރު ބްރޭންޑްތަކުގެ އެއްޗެހި ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ދަރިފުޅަށް ދެވިދާނެ މާއަގުބޮޑު އެއްޗެހި އެބަހުއްޓެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި: މައިންބަފައިންގެ ރުހުމާއި އިތުބާރު އޮތްކަން ހާމަ ކުރުމަށްޓަކައި އެކުގައި ކޮންމެ ދުވަހަކުވެސް ވަގުތުކޮޅެއް ހޭދަކޮށްލުން، ހުސްވަގުތު ލިބޭވަރަކުން ބޭރަށް ނިކުމެ މާހައުލު ބަދަލުކޮށްލުން، ކަންކަމުގައި ހިތްވަރުދީ އުއްމީދު އުފައްދައި ދިނުން، ކުރެވޭ ނުރަނގަޅު ކަންތައްތަކަށްވުރެ، ރަނގަޅު ކަންކަން ބޮޑަށް ފާހަގަކުރުން، ބިރުދައްކައިގެން، މަޖުބޫރުކޮށްގެން  އަދި ހަދިޔާ ދީގެން ކަންކަން ކުރުވުމުގެ ބަދަލުގައި ވިސްނައިދީގެން ރުއްސައިގެން ކަންކަން ކުރުވުން، ކުދިންގެ ވާހަކަ ކަނުލާ އަޑުއެހުމާއި ކަންކަން ހިއްސާކުރުން. އަދި ނިދުމުގެ ކުރިން ދަރިފުޅު ގަޔާވާކަހަލަ މެސެޖެއް ދަރިފުޅަށް ރައްދުކުރުން ހިމެނެއެވެ. މިފަދަ ކަންކަމަކީ ދަރިފުޅާ ބެލެނިވެރިންނާދޭތެރޭ ބަދަހި ގުޅުމެއް އުފެދުމުގެ އިތުރުން ދަރިފުޅުގެ އަމިއްލަ ނަފްސަށް ކުރާ އިތުބާރާއި ލިބޭ ހިތްވަރު އިތުރުވެގެން ދާނެ ކަންކަމެވެ. އަދި މީ ދަރިފުޅުގެ އުގެނނުމަށްވެސް ކޮށިގެންދާ މަގެކެވެ.

]]>
Mon, 24 Apr 2023 00:19:21 +0500 ނަޒޫ
ރޯޒް ވޯޓަރ: ފިނިފެން https://heerasnews.com/1256 https://heerasnews.com/1256 ފިނިފެންމަލަކީ މާތަކުގެ ރާނީ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އަދި އެ މަލަކީ މިއަދާހަމައަށް ވެސް ދެގޮތެއް ނުވެ ގިނަބައެއްގެ މަގުބޫލްކަން ލިބިފައިވާ މަލެވެ. މިގޮތުން ޚާއްޞަ ހަފްލާތަކާއި ތަފާތު މުނާސަބާތަކާއި ހަޔާތުގެ އެކި އެކި ކަންކަމާ ގުޅުވައިގެން ހަދިޔާގެ ގޮތުގައިވެސް ދެމުން އަންނަ އެންމެ ޚާއްޞަ އެކައްޗަކީ ރީތި ވަސްމީރު ފިނިފެންމަލެކެވެ. ނުވަތަ މާބޮނޑިއެކެވެ. އިންސާނީ ހިތްތަކަށް އެތަކެއް ހިންހަމަޖެހުންތަކެއް ލިއްބައިދިނުމުގެ އިތުރުން ތަފާތު ހަނދާންތައް އާކޮށްދީ މާޒީގެ ތެރެއަށްވެސް ގެންގޮސްދިނުމުގައި ފިނިފެންމާ އަދާ ކުރާ ރޯލް މުހިއްމެވެ. މިފަދަ ހިތްގައިމު ކަމެއް ލިބިފައިވާ ފިނިފެންމަލުން އުފައްދާ ކޮންމެ އެއްޗެއް ވެސް ވާނީ އޭގައި އިންސާނާއަށް އެތަކެއް ފައިދާތަކެއް އެކުލެވިގެން ދާނެއެއްޗަކަށެވެ. މިގޮތުން ރޯޒް ވޯޓަރ ނުވަތަ ފިނިފެނުން ލިބޭ ފައިދާތަކަށް ބަލާލާނަމެވެ.

ރޯޒް ވޯޓަރ ( ފިނިފެން ) އަކީ ކޮބާ؟  

ރޯޒް ވޯޓަރ އަކީ ފިނިފެންމަލުގެ ފިޔަ ފެނުގައި ފޮރުވައިގެން އުފައްދާ ރަހަ އެކުލެވޭ ފެނެކެވެ. އެއީ ރޯޒް ޕެޓަލްސްގެ ޑިސްޓިލޭޓްގެ ހައިޑްރޯސޯލް ބައެވެ.

ރޯޒް ވޯޓަރ އިން ލިބޭފައިދާއަކީ ކޮބާ؟

ރޯޒް ވޯޓަރަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. އަދި ރޯޒް ވޯޓަރަކީ އޭގައި ކެމިކަލްގެ ބާވަތްތަކެއް ނެތުމާއި އެކު ހިތް ހަމަޖެހިލައިގެން އޭގެ ބޭނުންކޮށް ތިބާއަށް ބޭނުންވާ ފަރުވާ ހޯދުމަށް އެހީތެރިވެދޭ މީރުވަސް ދުވާ ހަށިގަނޑަށް އަރާމް ލިއްބައިދޭ ފެނެކެވެ. މީރުވަސް ދުއްވުމަށާއި، ކާއެއްޗެހީގެ ރަހަތަފާތުކޮށް މީރުކޮށްލުމަށްޓަކައި ވެސް ރޯޒް ވޯޓަރަކީ ދެވަނައެއް ނެތް އެއްޗެކެވެ. ރޯޒްވޯޓަރުން ލިބޭ ފައިދާތަކުގެ ތެރޭގައި:-

  • ހަންގަނޑު ރަތްވުން ކުޑަކޮށްދިނުން.

ރޯޒް ވޯޓަރަކީ ރީތިކަމުގެ ޕްރޮޑަކްޓެއްގެ ގޮތުގައި ބޭނުންކުރާތާ އެތައް ހާސް އަހަރެއް ވެފައިވާ އެއްޗެކެވެ. މޫނުގެ ހަންގަނޑު ރަނގަޅުކޮށްދީ ކުލަރީތިކުރެއެވެ. މޫނުގައި ހުންނަ ބިހިތަކާއި ކުރަކި ހަންގަނޑު އަދި ކަޅުތިކިތަކާއި ލަކުނުތައް ފިލުވާ ދީ މޫނު އޮމާންކޮށް ބެހެއްޓުމުގައި  މުހިއްމު ރޯލެއް އަދާކުރެއެވެ. މިކަމުގެ ސަބަބުން ޒުވާންކަން ގިނަ ދުވަހަށް ދަމަހައްޓާދެއެވެ. މިކަންކަން ރަނގަޅުކޮށްދިނުމުގައި ރޯޒްވޯޓަރުގައި ހިމެނޭ  އެންޓިބެކްޓީރިއަލް ޕްރޮޕަޓީތަކުގު ރޯލް މުހިއްމު ބައެއް އަދާކުރެއެވެ..

  • އިންފެކްޝަންތަކުން ރައްކާތެރިކޮށްދިނުން.

ރޯޒް ފެނުގައި ވަރުގަދަ އެންޓިސެޕްޓިކް ޕްރޮޕަޓީތަކެއް ހުރެއެވެ. މީގެ ސަބަބުން އިންފެކްޝަންތަކުން ރައްކާތެރި ވުމަށް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް ގުދުރަތީ އަދި ބޭސްވެރިކަމުގެ ތަފާތު ފަރުވާތަކުގެ ތެރޭގައި ރޯޒް ވޯޓަރ ހިމެނައެވެ. ޓްރަސްޓްޑް ސޯސް ދިރާސާއިން އިން ވެސް ދައްކާ ގޮތުގައި ލޮލުގެ ތިކިތަކުގައި ރޯޒް ވޯޓާ ބޭނުންކޮށްގެން ކޮންޖަންކްޓިވައިޓިސް ކޭސްތަކަށް ފަރުވާދެއެވެ.

  • ކަނޑައިގެންދާ ތަންތަނާއި، ލަކުނުތަކާއި، އަނދާފައިވާ ތަންތަނަށް އެހީތެރިވެދިނުން.

ރޯޒް ވޯޓަރަކީ އެންޓިސެޕްޓިކް އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީސް ޒަޚަމްތައް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދޭ އިތުބާރު ހުރި މަސްދަރެކެވެ. ރޯޒްވޯޓަރުން ސާފްކުރުމުން ކަނޑައިގެންދާ ތަންތަނާއި، އަނދާފައިވާ ތަންތަނާއި، އަދި ލަކުނުތައް ވެސް އަވަހަށް ރަނގަޅުވުމަށް އެހީތެރިވެދެއެވެ.

  • މޫޑު ރަނގަޅު ކޮށްދިނުން.

ރޯޒް ފވޯޓަރުގައި ވަރުގަދަ އެންޓި ޑިޕްރެޝަން އަދި އެންޓި އެންޒައިޓީ ޕްރޮޕަޓީސް ތަކެއް އެކުލެވިގެންވެ. 2011 ވަނަ އަހަރު ޓްރަސްޓެޑް ސޯސް އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ރޯޒް ޕެޓަލްސް އިން ނަގާ މާއްދާއަކީ މަސްތަކުގެ މަރުކަޒީ ނާރުތަކުގެ ނިޒާމު ލުއިކޮށްދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން އެންޓިޑިޕްރެޝަން އަދި އެންޓިއެންޒައިޓީގެ އަސަރުތައް ކުރިމަތިވެއެވެ..

  • ބޮލުގައި ރިހުން ފިލުވައިދިނުން

ރޯޒް ވޯޓާ އާއި ރޯޒް އެސެންޝިއަލް އޮއިލް އަކީ އާންމުކޮށް ބޭނުންކުރަނީ އެރޯމާތެރަޕީގައި ބޮލުގައި ރިއްސުން ފިލުވައިދިނުމަށެވެ. މިއީ ޑީ-ސްޓްރެސިންގ އިފެކްޓްސް ގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވެދާނެއެވެ. އެއް ދިރާސާއަކުން ޓްރަސްޓެޑް ސޯސްގެ ދިރާސާއިން ހޯދި ގޮތުގައި ރޯޒް ވޯޓާގެ ހޫނުކަމުން ބޮލުގައި ރިއްސުން ފިލުވައިދެއެވެ. އަނެއް ގޮތަކީ ރޯޒް ފެނުގައި ތެމިފައިވާ ކޮމްޕްރެސް އެއް ބޮލުގައި 45 މިނެޓް ވަންދެން އުނގުޅައިގެން ޕޮޒިޓިވް ނަތީޖާއެއް ލިބުމެވެ.

  • ހަޖަމުކުރުމުގެ މައްސަލަތަކަށް އެހީތެރިވެދިނުން.

ފޯކް މެޑިސިންގައި ރޯޒް ވޯޓަރ ބޭނުންކޮށްފައިވަނީ ހަޖަމުކުރުމަށް އެހީތެރިވެދީ ހަޖަމުކުރުމުގެ ނިޒާމުގެ އުނދަގޫ ކުޑަކުރުމަށެވެ. 2008 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ރޯޒް ވޯޓަރަކީ ހަޖަމުކުރުމަށް ހެޔޮ އަސަރުތަކެއް ކޮށްދީ ހަޖަމުކުރުމުގެ އުނދަގުލުން ތިބާ ސަލާމަތް ކޮށްދޭ އެއްޗެކެވެ. ރޯޒް ވޯޓަރުގެ ސަބަބުން ބައިލް ސެކްރެޝަން ރަނގަޅުވެ، ހަޖަމުކުރުމަށް އިތުރަށް އެހީތެރިވެދެއެވެ.

]]>
Wed, 19 Apr 2023 17:10:26 +0500 ނަޒޫ
ސެންޓް: ލޯބި އުފައްދައިދީ ފަހަށް ރައްކާކޮށްދޭ https://heerasnews.com/1202 https://heerasnews.com/1202 ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އިންސާނުންގެ ވިސްނުމާއި ފިކުރު ތަރައްގީ ވަމުން އަންނަނީ ވަރަށް ހަލުވި ކަމާއެކުއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާ ދިރިއުޅޭ ވެށްޓާ އަދި ޚާއްޞަކަމެއްގެ ގޮތުގައި އަމިއްލަ ސާފުތާހިރުކަމާއި ރީތި ކަމަކީ މިއަދު އެންމެންވެސް ބޭނުންވާ ކަންކަމެވެ. މިކަންކަމުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ އެއްކަމަކީ އެމީހަކު އެންމެ ގަޔާވާ ސެންޓެއް ހޯދައިގެން ބޭނުންކުރެމެވެ. ޚާއްސަކޮށް އެކަކު އަނެކަކާ ބައްދަލުވުމަށް ބޭނުންވާހިނދުގައްޔާއި އޮފީސް މާހައުލުގައްޔާއި އަދި  ޚާއްޞަ ހަފްލާތަކަށްދާއިރު ސެންޓް ޖަހާލުމަކީ ވަރަށްވެސް ޚާއްޞަ ސަމާލުކަމެއްދީގެން ކުރަމުން އަންނަ ކަމެކެވެ.

މީގެ 4000 އަހަރު ކުރިން ސައިޕްރަސްގެ ޖަޒީރާއިން އުފެދިގެން އައި ސެންޓަކީ މިއަދާ ހަމަޔަށށްވެސް އިންސާނުންނަށް އެހާ ކަމުދާ އެއްޗަކަށްވީ ކީއްވެތޯ ބަލާލުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސެންޓަކީ އޭގައި ކޮންފަދަ ޖާދުވީ އަސަރުތަކެއް އެކުލެވިގެންވާ އެއްޗެއްކަން ސެންޓް ބޭނުންކުރާ އެންމެންނަށް ވެސް އެގެން ޖެހެއެވެ. އަދި ސެންޓުން ކުރާ ފައިދާތަކާއި ގެއްލުންވެސް އެނގުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ސެންޓަކީ ކޮބާ؟

ސެންޓަކީ އާންމުކޮށް ދައުރުވާ ސިފައެއްގައި ހުންނަ މީރުވަސްދުވާ ޒަރޫރީ ތެޔޮ ނުވަތަ މީރުވަސްދުވާ ކޮމްޕައުންޑްތަކާއި ފިކްސޭޓިވްސް އަދި ސޮލްވެންޓްސް އެއްކޮށްލައިގެން އުފައްދާ ވަހެކެވެ. ސެންޓް މާނަކުރެވެނީ ހިތްގައިމު އަދި މީރުވަސްދުވާ ވަހެއް ދޫކޮށް ފަތުރާ މާއްދާތަކެއްގެ ގޮތުގައެވެ.

ސެންޓުން ލިބޭ ފައިދާ

ސެންޓު ބޭނުން ކުރަނީ މީހެއްގެ ހަށިގަނޑަށް ހިތްގައިމު އަދި އެދެވޭ ވަހެއް ދިނުމަށެވެ. އާންމުކޮށް އަމިއްލަ ނަފްސަށް ޝައުގުވެރިވުމާއި އަމިއްލަ ނަފްސަށް އިތުބާރު ކުރުމުގެ މަގުސަދުގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި  ސެންޓުން ލިބޭ ފައިދާތައް ވަރަށްވެސް ގިނައެވެ. އެގޮތުން ސިއްހަތާއި ދުޅަހެޔޮކަން އިތުރުކޮށްދީ މޫޑު ރަނގަޅުކޮށްދެއެވެ. ހާސްކަމާއި ސްޓްރެސް ކުޑަކޮށްދީ، ކޮގްނިޓިވް ފަންކްޝަން އިތުރުކޮށްދީ، ނިދި ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން މީރުވަސްދުވާ، ވަސްދުވާ ސްޓިމިއުލޭޝަންގެ ސަބަބުން ލޭގެ ޕްރެޝަރު ރަނގަޅުކޮށްދިނުމާއި މަސްތަކުގެ ޓެންޝަން ހަމަޔަކަށް އެޅުވުމާއި ލޮލުގެ ކުލަ ބޮޑުވުމުގެ އިތުރުން ހަމުގެ ފިނިހޫނުމިން ހިފަހައްޓާ ދިނުމާއި ނާރުތަކުގެ ރޭޓް އަދި ސިކުނޑީގެ ހަރަކާތް ފަދަ ފިޒިއޮލޮޖިކަލް ޕެރަމީޓަރުތަކަށް ވަގުތުން ބަދަލުތަކެއް އަންނަ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

ސެންޓަކީ އެންމެންނާވެސް ގުޅޭއެއްޗެއް

މީރުވަސް ދުވާ ވަސްތަކަކީ ސިއްހީ ގޮތުން ކުރިމަތިވާ ނުރައްކާތެރި ގިނަ އަދަދެއްގެ މީރުވަސްތަކާ ގުޅުން ހުރި އެއްޗެކެވެ. އެތައް ދިރާސާތަކެއްގެ ތެރެއިން ވަސް އުފެއްދުމަށް ބޭނުންކުރާ ކެމިކަލްތައް ގިންތި ކުރެވިފައިވަނީ އެލާޖަންސް، ހޯރމޯން ޑިސްރަޕްޓަރސް، އެސްފީނާ ޓްރިގަރސް، ނިއުރޯޓޮކްސިންސް  ކާސިނޯޖެންސްގެ ގޮތުގައެވެ. ޕަންޗްލައިން: ވަސްތަކަކީ ވަރަށް ވިހަ މީރުވަސްތަކެކެވެ. ވުމާއެކު އެކަކު ޖަހާސެންޓް އަނެކަކަށް ނުގުޅި ދިއުމަކީވެސް ވެދާނެ ކަމެކެވެ. ޚާއްޞަކޮށް ހަމުގެ މައްސަލަތަކާއި، ނޭވާލާ ނިޒާމްގެ މައްސަލަތައް ހުންނަ މީހުންނަށް ވަސްގަދަ ސެންޓްތަކަކީ އެހާ ރަނގަޅު އެއްޗެއް ނޫނެވެ.

ސެންޓަކީ ލޯބި އިތުރުކޮށްދޭ އެއްޗެއް

ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ސެންޓަކީ ވަރަށް އަޖއިބު ކުރުވަނިވި އެއްޗެކެވެ. އަދި އެއީ ލޯބީގެ ފެށުމެކެވެ. ލޯބިއުފައްދައިދިނުމުގައާއި އެލޯބި ފަހަށް ރައްކާ ކޮށްދޭ ބައިވެރިއެކެވެ. އިންސާނާގެ ހަނދާން ތަކާއި ޖަޒުބާތުތައް އެންމެ ގާތުން ގުޅުވާލަދޭ ބާރުގަދަ އިހުސާސަކީ ސެންޓެވެ. މާޒީގެ ތަޖުރިބާތަކަށް ބަލާއިރު ދިރުމަކާއި ރޫހެއް އުފައްދާ ޒަމާންތަކަކަށް އެހަދާންތައް ރައްކާކޮށްދެނީ ސެންޓެވެ. ސުލޫކީ ދިރާސާތަކުން ދައްކާގޮތުގައި ވަސްތަކަކީ ތަސްވީރުތަކަށްވުރެވެސް ބޮޑު ޖަޒުބާތުތަކެއް ގެނައުމަށް ކުޅަދާނަ އެއްޗެކެވެ. ވަކި ވަސްތަކަކާ ގުޅިފައިވާ ހަދާންތަކުގެ ސަބަބުން ސިކުނޑީގެ ލިމްބިކް ސިސްޓަމްގައި ހަރަކާތްތެރިކަން އިތުރުވެއެވެ. ސެންޓަކީ ދިމާވާ ކަންތައްތަކާމެދު ވިސްނުމުގެ ކުރިން ހަށިގަނޑަށް ރިއެކްޓް ކުރުމުގެ ބާރު ލިބިގެންވާ އެއްޗެކެވެ.

]]>
Thu, 06 Apr 2023 11:25:59 +0500 ނަޒޫ