Maldives Real Time Facts & ހަވާ https://heerasnews.com/rss/author/ހަވާ Maldives Real Time Facts & ހަވާ dv ކޮޕީރައިޓް: Heeras news llp (P01362021) ރަސްމާލެ | އެމެރިކާގެ 50 ވަނަ ސްޓޭޓް ހަވާއީ! https://heerasnews.com/4674 https://heerasnews.com/4674 މީލާދީން 1800 ގެ އަހަރުތަކުގައި ޔޫރަޕާއި އެމެރިކާގެ މީހުން ހަވާއީ އަށް ޒިޔާރަތް ކުރީ ފަތުރުވެރިންގެ ގޮތުގައި ހަވާއީގެ ރީތި ގޮނޑުދޮށްތަކުގައި މޫދަށް އެރިލުމަށާއި، ކަނޑުއަޑީގެ ރީތި މަންޒަރުތައް ބަލާލުމަށެވެ. އޭރު ހަވާއީ އަކީ މިނިވަން ދައުލަތެކެވެ. އަމިއްލަ ރަސްކަމެއް ހިނގަމުން އައި ގައުމެކެވެ. އަމިއްލަ ދިދައަކާއި އަމިއްލަ ބަހެއްވެސް އޮތް ސަގާފަތެކެވެ.

ހަވާއީއަށް ފަތުރުވެރިކަމުގައި ދިޔަ ބައެއްމީހުން އެރަށުގައި މަޑުކުރަން ފެށުނެވެ. އާންމު ގޮތެއްގައި ޔޫރަޕާއި އެމެރިކާގެ މީހުން މަޑުކުރާ ކޮންމެ ތަނެއްގައިވެސް އެމީހުންގެ ދީނަށް ގޮވާލުމާއި، އެމީހުންގެ ސަގާފަތް ދިރުވަން މަސައްކަތްކުރުން އޮންނަ މޭރުމުން ހަވާއީގައިވެސް މިކަން ފެށިގެން ދިޔައެވެ.

މިގޮތުން ޔޫރަޕާއި އެމެރިކާއިން ދީނަށް ގޮވާލުމަށް އައި މީހުން ހަވާއީގައި ވަޒަންވެރިވެ، އެބައިމީހުންގެ ދަރިފަސްކޮޅެއް އުފެދުމަށް ހޭދަވީ އެންމެ 60 އަހަރެވެ. ފަސްދޮޅަސް އަހަރުތެރޭގައި ހަވާއީގައި ދިރިއުޅެންފެށި ނަސޯރާއިންނަށް ދަރިން ލިބި، އެ ދަރިންނަށް ދަރިން ލިބި، ޔޫރަޕާއީ އެމެރިކާގެ ދޮންމީހުންގެ ނަސްލުގެ ހަވާއީ އަށް އުފަން ހަވާއީގެ ރައްޔިތުންގެ ބައެއް އުފެދިއްޖެއެވެ.

މި ބުނެވުނު މުއްދަތުގައި ހަވާއީއަށް އުފަންވެ، ހަވާއީގައި ބޮޑެތިވީ ދޮންނަސްލުގެ ރައްޔިތުންވެސް ހަވާއީގެ ދަނޑުވެރިކަމުގެ ތެރެއަށް ވަދެ، ދަނޑުތައް ހައްދާ، ވިޔަފާރިކޮށް، އަދި އެޒަމާނުގައި އޮންނަ ގޮތަށް ހަތިޔާރު ގެންގުޅުމުގެ ހައްގުވެސް ލިބިއްޖެއެވެ.

މީލާދީން 1870 ވަނަ އަހަރަށް އައިއިރު ހަވާއީގެ ރައްޔިތުންގެ ގޮތުގައި މި އުފެދުނު ދޮންނަސްލުގެ މީހުން އެމީހުންގެ ކާބަފައިން އައި ޔޫރަޕާއި އެމެރިކާގެ ގުޅުންތަކުގެ ތެރެއިން ހަވާއީގެ ރަސްކަމާއި ތޮޅެން ފެށިއްޖެއެވެ. އަދި ހަވާއީގެ ސިޔާސީ ކަންކަމަށް ދައުވާކޮށް، ގައުމުގެ އަސްލު ރަށްވެހިންގެ މައްޗަށް ބާރުވެރިވެ ނިމިއްޖެއެވެ.

މިގޮތުން ހަވާއީގެ ދޮންމީހުންގެ ހަތިޔާރު އެޅި ޖަމާއަތްތައް ގައުމުގެ އަސްލު ރައްޔިތުންނަށްވުރެ ބާރުވެރިވެ، ރައްޔިތުން މިކަމާއި ދެކޮޅަށް ޝުއޫރު ފާޅުކުރަން ފެށިއެވެ. ނަމަވެސް އޭރު އޮތީ ހަވާއީގެ ވަގުތު ފާއިތުވެފައެވެ. ހަވާއީގެ ރީތި ގޮނޑުދޮށްތައް ބަލާލުމަށް ޔޫރަޕާއި އެމެރިކާއިން އައިސް ހަވާއީގައި ވަޒަންވެރިވި ދޮންނަސްލުގެ މީހުންގެ ދަރިފަސްކޮޅު، އެބައިމީހުންގެ އަސްލު ގައުމުތަކުގެ އެހީގައި ހަތިޔާރު ހޯދައި ގައުމުގެ އަސްލު ވަޒަންވެރިންނާއި ކުރިމަތިލައިފިއެވެ.

މީލާދީން 1893 ވަނަ އަހަރު، ހަވާއީގެ ވެރިރަށުގެ ބަނދަރަށް އެގާތްކޮށްލީ އެމެރިކާގެ މަނަވަރު ޔޫ.އެސް.އެސް ބޮސްޓަންއެވެ. ހަތިޔާރު އެޅި ސިފައިންނާއި އެކުގައެވެ. ހަވާއީގެ ރަސްކަން އުވާލުމަށްފަހު ހަވާއީ ހިންގުން އެހަވާލު ކޮށްލީ ދޮންނަސްލުގެ އާބާދީއާއެވެ. އެއީ އާބާދީގެ އެންމެ ދެޕަސެންޓް ރައްޔިތުނެވެ.

How Dole Is Creating A Zero Waste Supply Chain - And Solving Food Insecurity For the Unhoused

ދޮންމީހުންގެ ނަސްލުގެ ހަވާއީގެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި ހަވާއީގެ ރަސްކަން އުވާލާ، ހަވާއީ އެހަދާލީ އެމެރިކާގެ ޓެރިޓަރީއަކަށެވެ. މިގޮތުގައި ދޮންމީހުންގެ އަތުގައި ބައިގަރުނު ވަންދެން އޮތުމަށްފަހު އެހަދާލީ އެމެރިކާގެ 50 ވަނަ ސްޓޭޓަށެވެ. މިއީ ހަވާއީގެ ތާރީހު ވަރަށް ކުރުކޮށް ފޮނިކޮށެވެ.

މިހާރުވެސް އަޅުގަނޑުމެންގެ ސުޕަރމާރކެޓް ތަކުގެ ހަރުފަތުން "ޑޯލް" ބްރޭންޑުގެ އަލަނާސި، ނުވަތަ ދޮންކެޔޮ ފެނުމުން ހަވާއީގެ އަސްލު ރައްވެހިންނަށް ސަހަރޯ ހީވެއެވެ.

އެމެރިކާ ނަސްލުގެ ހަވާއީއަށް އުފަން ރައްޔިތެއްކަމުގައިވާ ސެންފޯޑް ޑޯލް " Sanford Dole " ނަމަކަށް ކިޔާ މީހަކު ވެރިޔަކަށް އިސްކޮށް އެމެރިކާގެ ބެލުމުގެ ދަށުން ރަސްކަން އުވާލެވުނު ހާދިސާ އާވެ އާވެ ހުރެއެވެ.

ރަސްމާލޭގައި ވަޒަންވެރި ކުރުވާ މީހުންގެ ހައްގުތަކަކީ ކޮބައިބާވައެވެ. އެމީހުންގެ ވަރި ކައިވެނި ހިނގާނީ ކޮން ގާނޫނެއްގެ ދަށުންބާއެވެ. އެމީހުންގެ ހިނެވުމާއި ވަޅުލުން ހިނގާނީ ކިހިނެއްބާއެވެ. އެމީހުންގެ ގަބުރުސްތާނު ހުންނާނީ ކިހިނެއްބާއެވެ.

ދުބާއީ އާއި އަބޫދާބީގައި އެތާނގެ ވަޒަންވެރިވާ އެހެން ދީންތަކުގެ މީހުންނަށް ފައްޅިވެސް އަޅާފައި ހުރެއެވެ. އެމީހެއްގެ ދީނުގައި އެމީހަކަށް ކައިވެނިކުރެވޭގޮތް އޮވެއެވެ. އެމީހެއްގެ ދީނަކާއި އެއްގޮތަށް އެމީހެއްގެ ކަށުކަމާކެމީގެ ކަންތައް ހިންގެއެވެ. އަދި އެމީހެއްގެ ދީނަކާއި އެއްގޮތަށް އެމީހަކު ވަޅުލުމަށް ގަބުރުސްތާނު ވެސް ހުރެއެވެ.

ރަސްމާލޭގައި ވަޒަންވެރި ކުރުވާ މީހުންނަށް ލިބޭ ދަރިންނަށް ހަދާނީ ކިހިނެއްބާއެވެ. އެމީހުންގެ އުފަންދުވަހުގެ ސެޓްފިކެޓް ހަދާނީ ރާއްޖޭންބާއެވެ. ނުވަތަ އެމީހުން އައި ގައުމުންބާއެވެ. ރާއްޖެއަށް އުފަންވާ ކުދިންވާނީ ދިވެހިރައްޔިތުންނަށް ބާއެވެ. ނުވަތަ އެމީހުން އައި ގައުމެއްގެ ބަޔަކަށް ބާއެވެ. މިގޮތަށް ރާއްޖެއަށް އުފަން ދަރިން ބޮޑުވެ، އެދަރިފަސްކޮޅު ގިނަވެ، 99 އަހަރު ފަހުން ރާއްޖެއަށް ފުރަތަމަ އައި ދެމަފިންގެ ދަރިން ބޮޑެތިވެ، އެކުދިން ރާއްޖޭގައި ކައިވެނިކޮށް އެކައިވެންޏަށް ދަރިންލިބި އެލިބުނު ކުދިންބޮޑުވެ، އެކުދިން މީހުންނާއި އިނދެ، އެކައިވެންޏަށްވެސް ތިބޭނީ ދަރިން ލިބިފައެވެ. މި މުއްދަތުގައި އެންމެ ފުރަތަމަ ރަސްމާލޭގައި ވަޒަންވެރިވި ދެމަފިރިން މަރުވެ، އެމީހުން ވަޅުލާފައެވެ. އެމީހުންގެ ދަރިން އެމީހުންގެ މައިންބަފައިންގެ މަހާނައިގައި މަގުބަރާވެސް ހަދާފައެވެ. އަދި އެމަގުބަރާ ހެދި ދަރިންގެ ތެރެއިންވެސް ބަޔަކު ދުނިޔެދޫކޮށް އެމީހުންގެ ދަރިން އެމައިންބަފައިންނަށްވެސް މަގުބަރާ ހަދާފައެވެ.

ރަސްމާލެ ކަންކަމުގައި އޮތީ ހަމައެކަނި ޒައިނިސްޓުންގެ މައްސަލަ އެކަންޏެއް ނޫނެވެ. މިދެންނެވުނު ބިދޭސީ އެތައްޖީލެއްގެ ތަރިކަޔާއި، ކައިވެންޏާއި، ވިހާމަރުވުމާއި، އެތައް އެތައް ހައްގުތަކެއްގެ ޒިންމާ، މި ސައްތައިން ސައްތަ އިސްލާމީ ގައުމުން، ދުބާއީ އާއި އަބޫދާބީ އަށް ވީގޮތް ނުވެ، ކުރެވިދާނެކަމަށް ގަބޫލު ކުރަނީހެއްޔެވެ.

މާތް ކަލާކޯ އަޅުގަނޑުމެންގެ ލޯމަތީ އިހައްދުވަހުވެސް ގައުމެއްގެ ރައީސް ވަގަށް ނަގައިގެން ގެންގޮސް އެހުރީ އެހެންގައުމެއްގައި ހައްޔަރުކޮށްފައި ނޫންތޯއެވެ. ވީއިރު ރަސްމާލޭގައި ވަޒަންވެރިވުމަށް އެވަރުގެ ބާރުގަދަ މީހުން އައިސް އެމީހުން ވަޒަންވެރިވެވިއްޖެނަމަ ދެން ކަންހިނގާނީ ބުއްދީގެ މަގުން ބޭރުންކަން ކަށަވަރުވާތީ ކުދިކުދި ގައުމުތަކަށް ވެފައިވާ ކަންކަން ދިރާސާކޮށްލުމުން އެނގެނީ މި ބޯކޮށްޕާލެވޭ ކަމުގައި އޮތީ ހަމައެކަނި މީހަކަށް ގެއެއް ވިއްކުމެއް ނޫނެވެ. އެމީހަކަށް ދިރިއުޅުމުގެ ހައްގު ދޭހިސާބުން ދިރިއުޅޭ އިންސާނެއްގެ އެންމެހައި ހައްގުތައް ހިމާޔާތްވާންޖެހޭ ކަމުގައި އެމީހުން ވަކާލާތު ކުރަންފަށާނެކަމަށް އަހުރަމެން ދެކެންޖެހޭނެއެވެ.

ހަވާއީ ގެ ރަސްކަން "ޑޯލް" ބްރޭންޑަށް ވީގޮތަށް ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާ " އީގަލް ހިލްސް" އަށް ނުވަނީސް ހޭއަރާކަށް ނުވޭތޯއެވެ. ކޮންމެ ގޮތެއް ވަރިހަމައެއް ނޫނެވެ.

]]>
Thu, 22 Oct 2026 11:51:45 +0500 ހަވާ
ވެރިކަމުގެ ޒިންމާ އަދާ ނުކުރެވޭއިރު ބަގުޑި ބައްދަންނޫޅޭ! https://heerasnews.com/4672 https://heerasnews.com/4672 ކޮންކަމަކާ ހިފާ ބަދަލެއްތޯއެވެ. ރާއްޖޭގެ އިގުތިސާދު މެނޭޖް ކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. މެނޭޖު ކުރަން ސަރުކާރުން ނުކުޅެދުނީމަ ރައްޔިތުންނަށް މިޖެހެނީ ބޮޑު އަގުގައި ޑޮލަރު ގަންނާށެވެ. އަދި ސަރުކާރުގެ ބަދަލުވި އައު ސިޔާސަތުން ކުރިން އަގުބޮޑުކޮށް ލިބުނު ޑޮލަރު މިއަދު އަމުދުން ނުލިބެއެވެ. ނުވަތަ ހޯދަން ވެއްޖެނަމަ ޖެހެނީ މާބޮޑު ބަދަލެއް ދޭށެވެ.

ޑޮލަރު ނުލިބުމަކީ ދައުލަތުގެ ހަރުމުދާ ނުއަގުގައި ވިއްކަން ލިބޭނެ ލައިސަންސް އެއް ނޫނެވެ. ލިބޭ އާމްދަނީއާއި ހަރަދުތައް ސީދާ ނުކުރެވޭ ނަމަ އެކަން ކުރެވޭނެ ބަޔަކާއި ހަވާލު ކޮށްލަން ވީނުން ތޯއެވެ. ވެރިކަމުގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާ ނުކުރެވެންޏާ ވެރިކަމުގައި ބަގުޑި ބައްދައިގެން ނޫޅޭށެވެ. 

ލޯކަލް ކައުންސިލުންނާއި ފެންނަ ނުފެންނަ ވޯޓުން ބަލިވީމާ ހަޖަމު ނުވީތޯއެވެ. ރައްޔިތުންނަށް ވެރީން ދޮގުހަދަންޏާ ރައްޔިތުން ފޫހިވާނެއެވެ. ބޭސް ނުލިބެންޏާ ރައްޔިތުން ކަންބޮޑުވާނެއެވެ. ތަކެތީގެ އަގުތައް އަތްނުފޯރާ ހިސާބަށް ދިޔައީމާ ރައްޔިތުމް ރުޅިއަންނާނެއެވެ. އެއްޗެތިވެސް ކިޔާނެއެވެ.

އިންތިހާބުތަކުން ބަލިވީމާ އަމިއްލަ އުޅުމާއި ގުޅުންތައް އިސްލާހުވެ ކުރެވުނު ގޯސްތައް މަތިން ހަދާންކޮށް އެލް ސޯފާއެއްގައި އިނދެގެންނަމަވެސް ތައުބާ ވާން ވީއެވެ. ރައްޔިތުންނަށް ތަކުލީފު ޖައްސާވަރަކަށް ލިބޭނެ ވޯޓުވާނީ މަދެވެ. ސިއްރުން ބަސްބުނަމުން ދިޔަ މީހުން ފާޅުގައި ބަސް ބުނަން ފަށާނެއެވެ. އިސްލާހުވެލާ ތައުބާވެލާށެވެ. ގައުމު ޔަހޫދީންނަށް ވިއްކާ ނުލާށެވެ. 

ގާތުގައި ތިބި އަޅު ކުދިންކޮޅާއި ބިރިޔާނި ތައްޓަކަށް ނޫސް ލިޔެދޭ ކުދިންވެސް ތިބީ ރުހިގެންނެއް ނޫނެވެ. އާއިލާއެއް ބަލަހައްޓަން ޖެހޭތީ މަޖުބޫރު ވެފައެވެ. ގާތުގައި ގެންގުޅޭ ވަޒީރުން ދެއިރު ދެދަޅައަށް ދެވާހަކަ ދައްކަން މަޖުބޫރު ކުރުވީމަ އެ މީހުންވެސް ތިބީ ރުހިފައެއް ނޫނެވެ. ކަނޑު އަޑީގެ ޓަނަލަކީ އަދި ފެނިފައިވާ ޓެކްނޮލޮޖީއަކަށް ނުވާ ކަމަށް ބުނުމުން ނުރުހި ހުއްޓާ އަމިއްލަ އަށް އެ ބުނަނީ ދެ ޕާސްޕޯޓު ގެންގުޅޭ ޔަހޫދީންނަށް ރާއްޖެ އާދެވޭނެ ވާހަކައާއި ބިންވެސް ގަނެވޭނެ ވާހަކައެވެ.

ދޮގުހަދާ ވާހަކަ ބުނަނީ ވާދަވެރިން އެކަންޏެއް ނޫނެވެ. ބައި ކުދިންވެސް ބުނަނީ ދޮގު ހަދާ ވާހަކައެވެ. ފުލުހުން ރަސްމާލޭގައި ނުތިބޭނެ ވާހަކަ ބުނި މީހަކު ބުނިތާ ހަފަތާއެއް ނުވެ އަނެއްކާ ތިޔަ ބުނީ ފުލުސް އިމާރާތެއް ހުންނާނެ ވާހަކައެވެ. ދިވެހި ފުލުހުންތޯއެވެ. 

ހަމަބިމަށް ތިރިވެލާށެވެ. ނޫހުގައި ޖަހާ ސުރުހީއަކުން ގައުމެއް ނުހިންގޭނެއެވެ. ރައްޔިތުންގެ ތަކުލީފުތަކަށް ސަމާލުކަން ނުދޭނަމަ ރައްޔިތުން ދެންވެސް ބުނާނީ ނޫނެކޭއެވެ. އިލްކްޓްރޯނިކް ވޯޓިންގ އަށް ދިޔަޔަސް ސައްހަ ވޯޓުން މި ހާލަތުގައި ރަސްކަން ދަމަހައްޓަން ލިބޭނީ 10 ޕަސެންޓެވެ. ދިވެހީން ތިބީ ކެތް މަދުވެފައެވެ. ދިވެހީންގެ ދިވެހިރާއްޖެ ދިވެހީންގެ އަތްމައްޗަށް ހަގީގީ މާނައިގައި ހޯދުމުގެ އުންމީދުގައެވެ.

]]>
Wed, 21 Oct 2026 07:55:33 +0500 ހަވާ
މައްސަލައަކީ އަލައްބާރެއްނޫން | މައްސަލައަކީ ފައިސާގެއަޅު މުއިއްޒު https://heerasnews.com/4664 https://heerasnews.com/4664 ދިވެހީން ތަރައްގީ ބޭނުމެވެ. ރީތި އިމާރާތްތަކާއި އަގުބޮޑެތި ބިންބިން ބޭނުމެވެ. ނަމަވެސް އިތުރު ގާޒާއެއް ދިވެހިރާއްޖޭގައި އުފަންވާން ބޭނުމެއް ނުވެއެވެ.

އަލައްބާރަކީ ވިޔަފާރި ކުރާ މީހެކެވެ. އޭނާއަކަށް ދިވެހިރާއްޖޭގެ ބިމެއް އެހެން ބަޔަކަށް ނުދެވޭނެއެވެ. ދިވެހި ބިން ވިއްކޭނީވެސް ކުއްޔަށް ދެވޭނީވެސް ދިވެހީންނަށެވެ. މިއަދު ދެވޭނީ މިއަދުގެ ސަރުކާރު ހިންގަން ތިބި މީހުންނަށެވެ. ދިވެހި ވެރީންނެވެ. ބަލިކަށި ސިޔާސަތުގެންގުޅޭ ސަރުކާރުތަކުގެ ނާޖާއިޒު ފައިދާ ނެގޭތޯ ފައިސާ ހުރި ބާރުވެރި ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރާނެއެވެ. ހުޝިޔާރުވާން ޖެހޭނީ އެ ގައުމެއްގެ ވެރީންނެވެ. 

މިނިސްޓަރ އަބުދުއްލާ މުއްތަލިބުގެ ބަހުންނަމަ “އިސްރާއީލު ޕާސްޕޯޓު މަނާކުރިނަމަވެސް، މި މަނާކުރުން އޮތީ އިސްރާއީލު ޕާސްޕޯޓަށް ކަމަށާއި، އިސްރާއީލުގެ ރައްޔިތުންނަކަށް ނޫން” ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، “އަންދާޒާކުރެވޭ ގޮތުގައި އިސްރާއީލުގެ ކޮންމެ 10 މީހަކުން އެކަކީ ދެވަނަ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހެއް ކަމަށާއި، ބޯޑަރުން މީހަކު އެތެރެވާއިރު އެމީހެއްގެ އަތުގައި ދެ ގައުމެއްގެ ރައްޔިތުކަން އޮތްތޯ އިމިގްރޭޝަނަށް ކަށަވަރު ނުކުރެވޭތީ، އެމީހުންނަށް އެހެން ގައުމެއްގެ ޕާސްޕޯޓުގައި އެތެރެވުމުގެ ފުރުސަތު އޮންނާނެ” ކަމަށެވެ. މީނާގެ މި ބަހުން ޔަހޫދީންގެ ވަޒަނަކަށް ރަސްމާލެ ވުމުގެ ފުރުސަތު ބޮޑެވެ. ހަމަ އެފަދައިން އެހެން ގައުމެއްގެ ރައްވެއްސެއްގެ ހައިސިއްޔަތުން ރަސްމާލެއިން ބިމެއް ގަނެ އެތަނެއްގައި ވަޒަންވެރިވެ ދިރިއުޅުމުގެ ފުރުސަތު ނެތްކަމަށް ބުނުމުގެ ހުއްޖަތެއްވެސް ނެތެވެ. 

މިނިސްޓަރ އިހުސާނު ގެ ވާހަކަތަކުން ނަމަ “ ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ސިނާއީ މަސައްކަތަށް ދޫކޮށްފައިވާ 200 އަށްވުރެ ގިނަ ރަށް މިހާރުވެސް އޮތް އިރު، މިހުރިހާ ރަށެއްގައިވެސް ސިކިއުރިޓީ ބަލަހައްޓްމުން ދަނީ އެބަޔަކު އަމިއްލައަށް. ރަސްމާލެވެސް މިގޮތުން ތަފާތެއްނުވޭ.” އަދި މީނާ ބުނެފައިވަނީ “ނަމަވެސް މިހުރިހާތާކުވެސް ދިވެހި ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރަންޖެހޭ ހާލަތެއް އައިސްފިނަމަ ފުލުހުން އެކަން ކުރޭ”. މިފަދައިން އަލީ އިހުސާނު ފޭސްބުކުގައި ޕޯސްޓެއް ޖަހާފައިވެއެވެ. 

މި ކަމުން ބާރު އަޅަނީ ރަސްމާލޭގައި ޕްރައިވެޓް ސެކިއުރިޓީއެއް އޮތުމަށެވެ. އަދި ރަސްމާލެ ތަރައްގީކޮށް ނިމޭއިރު އެ ސަރަހައްދުގައި މުޅި ދުނިޔެއިން މީހުން އާބާދުވެއްޖެ ނަމަ އެ ޝަހަރުވާނީ ދިވެހިރާއްޖޭގައިވާ އެންމެ އަގުބޮޑު އެއް ބިމަށެވެ. މުއްތަލިބުގެ ބަހުންނަމަ ޔަހޫދީންނަށް ނާދެވޭނެ ކަމަށާއި ބިން މިލްކު ނުކުރެވޭނެކަމަށް ބުނާން ނުކެރުމަކީ ބިރުވެރި ކަމެކެވެ. އަދި ޔަހޫދީންގެ އާބާދީއަކަށްވެސް ހުޅުވާލެވިފައިވާ މަޝްރޫއެއްކަން ގަބޫލު ކުރެވެއެވެ. އެހެން ކަމަށްވާނަމަ ރަސްމާލެ ވާނީ ބައިނަލްއަގުވާމީ ރަށްވެހިން ވަޒަން ވެރިވާނެ ތަނަކަށެވެ. ދުނިޔޭގެ ހުރިހާ ބައްރެއްގައި ތިބި ތަނަވަސްކަން ލިބިފައިވާ މީހުން ދިރިއުޅޭނެ ތަނަކަށެވެ. 

އަދުގެ ސަރުކާރުގެ ވެރިޔާ މުއިއްޒު 2024 ވަނައަހަރުގެ ފެބްރުއަރީ މަހު “ވޯލްޑް ގަވަރމަންޓްސް ސަމިޓު” ގައި ވާހަކަ ދައްކަވަމުން ހާމަކޮށްފައިވާ ގޮތުންނަމަ ރަސްމާލޭގައި 65،000 ހައުސިންގ ޔުނިޓު ގާއިމު ކުރެވޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އެއީ 1152 ހެކަޓަރުގެ ބިން މިންގަނޑަކަށް ބަލައިގެންނެވެ. އެހެން ކަމުން ގާތްގަނޑަކަށް މުޅި ބިމުގެ ދެބައިކޮޅު އެއްބައި 550 ހެކްޓަރުގައި 32،000 ހައުސިންގ ޔުނިޓު ގާއިމު ކުރެވޭނެއެވެ. ކޮންމެ ޔުނިޓެއްގައި 4 މީހުންގެ ނިސްބަތުން ކަމަށް ބަލާލި ނަމަވެސް 128،000 ބިދޭސީ މަހުޖަނުން ޔަހޫދީންވެސް ހިމެނޭ ގޮތަށް ފުރަތަމަ މަރުހަލައިގައިވެސް އާބާދު ކުރެވޭނެއެވެ. އަދި މުޅި މަޝްރޫއު ނިމޭ އިރު 256،000 ބިދޭސީން އެސަރަހައްދުގައި ދިރިއުޅޭނެ ކަމަށް ބެލެވެއެވެ. މުއީޒުގެ ވެރިކަމުގެ ކުރީކޮޅު ޕްރިންސްޓަން ޔުނިވަރސިޓީގައި ދިން އިންޓަވިއުއެއްގައި “Jews or Christians, Muslims everyone is  welcome to the Maldives” ( ޔަހޫދީންނުވަތަ ކްރިސްޓިއަނުން، މުސްލިމުންނަށް ވެސް ރާއްޖެއިން މަރުހަބާ ކިޔަން) ބުނެފައިވެއެވެ.  

16 އޮކްޓޫބަރ 2026 ވީ ހުކުރު ދުވަހުގެ ފަހު ހުތުބާގެ ފަހު ކޮޅުގައި “މި ލޮބުވެތި ވަތަނުގައި ފިތުނަވެރިކަމާއި ފަސާދަ އުފައްދަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރައްވާނދޭވެ!” މި ފަދައިން ބުނެފައިވެއެވެ. ފަސާދަ ކުރުމަކީ ކޮބާ ތޯއެވެ. ޔަހޫދީންނަށް ނޫނެކޭ ބުނުމަކީ ފަސާދަ ކަމަށް ވާނަމަ މިނިސްޓަރ ޝަހީމް އަށް ޝުކުރިއްޔާ ނޫން ބަހެއް ނެތެވެ. އަދި ދަންނަވާލަން ޖެހެނީ ދިވެހީންގެ އާބާދީއަށް ވުރެ ގާތްގަނޑަކަށް އިތުރު އާބާދީއެއް ރަސްމާލޭގައި ވަޒަންވެރި ކުރުވުމާއި ދިވެހީން ދެކޮޅު ހަދާނެއެވެ. އެއީ ޔަހޫދީންގެ ނުބައިކަން މުޅި ދުނިޔެއަށް ފެންނަން އޮތީމައެވެ. ހުތުބާގައި ފަލަސްތީނުގެ ރައްޔިތުންނަށް ދުއާ ކޮށް ދިނީ ދެއްކުންތެރި ކަމަކަށް ތޯއެވެ. ދިވެހީންނަށް ފަލަސްތީނާއި ޔަހޫދީންނާއި ވަކި ކުރާން އެގެއެވެ. ދިވެހި ބަހުގައި ޔަހޫދީ ވިސްނުން ބުނަނީ ނުބައި ކަމުން ހައްދު ފަހަނައެޅީމައެވެ. ޝަހީމުގެ ސާހިބާ އާއި އެކުވެރި ވަޒީރުންނަކީ ހަޔޫދީންނަކީ ތޯއެވެ. 

ދިވެހިރައްޔިތުންނޭވެ. ދިވެހިރާއްޖޭގެ ތަރައްގީއަށް ދިވެހީން ލޯބި ކުރެއެވެ. ނަމަވެސް އެކަމުގެ އަގަކީ މާދަމާ ޔަހޫދީން ދިވެހިރާއްޖޭގައި އާބާދު ކުރުން ކަމަށް ވާނަމަ އެކަމަށް ދިވެހީން ދެކޮޅު ހަދާނެއެވެ. މާދަމާވެސް ހަމަ ވާނީ ދެކޮޅެވެ. ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ހިސާބުގަނޑުން ޔަހޫދީން ނާއި ގުޅުން އޮތް މީހަކަށް ހިލޭ ބޮޑު ބިމެއް ދޫކޮށް އެތަނުގައި 250،000 ބިދޭސީން ޔާހޫދީ ހިމެނޭހެން އާބާދު ކުރުމާއި ދިވެހީން ދެކޮޅެވެ.

ޔަހޫދީންގެ ވާހަކަ މިއަދު ހިންދުވާލަން އެކި ކަހަލަ އުކުޅުތައް ބޭނުން ކުރެއެވެ. ހަގީގަތަށް ފަސް އެޅިޔަ ނުދޭށެވެ. ރަސްމާލެ އަކީ އެހެނިހެން ސިނާޔަތް ތަކެކޭ އެއްފަދައިން އެބަޔަކު އަމިއްލަ ސެކިއުރިޓީ ބަލަހައްޓާ ތަނެއް ނަމަ އެފަދަ އަގުބޮޑު ތަނަވަސް ކެޓަގަރީގެ އަދި ދުނިޔޭގެ ހައި ޕްރޮފައިލްގެ މީހުންގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ހަތިޔާރުގައެވެ. އެ ހިނދުން ދިވެހި ސިފައިންނާއި ފުލުހުންގެ ބާރުވެސް ކެނޑުނީއެވެ. ކުރެވޭނެ ކަމެއް ނޯންނާނެއެވެ.

ހާމަކަން ބޮޑު ގޮތެއްގައި އެހެން ގައުމެއްގެ ޕާސްޕޯޓުގައި ރާއްޖެ އައިސް ބިންގަންނަ ފަރާތަކާއި މެދު ކުރެވޭނެ ކަމެއް ނެތްކަމަށް ބުނުމަށްވުރެ ބޮޑު ފަސާދައަކީ ކޮބާ ތޯއެވެ. މި ގައުމުގެ ރައްޔިތުން ހާލުގައި ދިރިއުޅެން އޯކޭ ވިޔަސް ޔަހޫދީންގެ ބާރު ހިނގާ ސަރަހައްދެއް ފައިސާ ކޮޅަކަށް ރާއްޖޭގައި އޮންނާކަށް ނޭދޭނެއެވެ. މައްސަލަ އަކީ އަލައްބާރެއް ނޫނެވެ. މައްސަލައަކީ ދިވެހި ސަރުކާރެވެ. ސަރުކާރުގައި ތިބި އަމިއްލަ އެދުމުން ފޯވެފައިވާ ވެރީންނެވެ.

]]>
Sat, 17 Oct 2026 12:05:48 +0500 ހަވާ
ނާމާންކަމަށް ދައުވަތުދޭ ބަޔަކަށް ވެރިން ވެގެންނުވާނެ https://heerasnews.com/4663 https://heerasnews.com/4663 ބައެއް ހާލަތްތަކުގައި މީހެއްގެ ސެކިއުރިޓީ ޕްރޮފައިލް މަތިވަނީ އެ މީހެއްގެ އަމަލުތަކުގެ ސަބަބުންނެވެ. ދިވެހިރާއްޖޭގައި އާންމު އުސޫލުން ވެރިކަމަށް މީހަކު ހޮވަނީ ވަރަށް އިތުބާރާއި ލޯތްބާއި އެކުގައެވެ. ވަރަށް ބައިވަރު އުންމީދު ތަކަކާއި އެކުގައެވެ. ވެރިކަމަށް އަރާން ދައްކާ ވާހަކަތަކާއި އެއްގޮތަށް އަމަލުތައް ބަހައްޓާނެ ކަމުގެ އުންމީދުގައެވެ.

ވެރިކަމަށް އަރަން ދުވަހަކުވެސް މީހަކު ރައްޔިތުން ބައިތިއްބާނީ އަވާ މެންދުރެއްގައި ކަމަކަށް ނުބުނާނެއެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނެސް އެމީހަކަށް ހެޔޮވަރު ކޯޓަކަށް ގާނޫނު އަސާސީ ނުހަދާނެއެވެ. އަދި އަމިއްލަ މަސްލަހަތު ދެމެހެއްޓުމަށް ގާނޫނުތައް ވުޖޫދު ކުރާނެ ކަމަކަށް ވެސް ނުބުނާނެއެވެ. ދައުލަތް ހިންގުމުގެ ނިޒާމު ބަދަލު ކުރާނެ ވާހަކައެއް ވެރިކަމަށް އަރާ ނުބުނާނެ ފަދައިން ވެރިކަމަށް އަރަން ގާނޫނު ތަކުގައި ހުރި ރައްޔިތުންނަށް ދަތިވާ ކަންކަމުގެ ވާހަކަތައް ދައްކާނެއެވެ.

ރައްޔިތުންގެ ވޯޓު ހޯދުމަށް ރަން އިލޮށިން ކަދުރު ކާންދެއެވެ. ބަލި މީހުންގެ ހާލު ބަލައެވެ. މިސްކިތްތަކަށް ކެމެރާތަކާއި އެކު ނޫނީ ނާރާނެއެވެ. ފަތިސް ނަމާދު ލައިވް ކުރެއެވެ. ދިވެހީންގެ ދިވެހި ވަންތަކަމާއި ދީނާ ގުޅޭ ކަމަކަށް ފާޑު ކިޔުމެއް ނޯވެއެވެ. ގައުމިއްޔަތާއި ގައުމީ ލޯތްބާއި، ދީނީ ވަހުދަތާއި ދީން ހިމާޔަތް ކުރުމުގެ އައްޑަނައަށްވެސް މީހާ ބަދަލުވެއެވެ. 

ވެރިކަމަށް ހޮވޭ ހިސާބުން މީހާއަށް ވާ ގޮތް ބަދަލުވެއެވެ. އެކަކު އޯލްޓަނޭޓިވް ނެރޭޓިވް އެއް ހޯދަން އުޅެފާނެއެވެ. ގައިރު ދީން ތަކުގެ ޝިޔާރުތައް ހާމަކޮށް ފާނެއެވެ. އަދި ދިވެހިރާއްޖޭގައި ބައެއް ގައިރު ދީނުގެ މީހުންނަށް ދިވެހިރާއްޖޭގައި އާބާދުވާން ފުރުސަތުގެ ދޮރު ހުޅުވާލައެވެ. ލޯބިން ވެރިކަމަށް ހޮވާދިން މީހާދެކެ ރައްޔިތުުން ނަފުރަތުކުރާނެ ކަންކަން ކުރެއެވެ.

ކޮންމެ ގައުމެއްގައިވެސް ކޮންމެ ޖަމާއަތެއްގައިވެސް 3 ގިންތިއަކަށް މީހުން އުޅެއެވެ. އާދައިގެ ފަންތި އަކާއި މެދު މިނަކާއި ހައްދު ފަހަނަ އެޅުމެވެ. އާދައިގެ ފަންތީގެ މީހުންނަށް ކޮންމެ ކަމެއް އެންމެ ރަގަޅު ވާނެއެވެ. ބައެއް ފަހަރު ލިބޭ އިނާޔަތަކުން ނެވެ. ނުވަތަ އޮންނަ ގާތް ކަމަކުންނެވެ.

މެދުފަންތީގެ މީހުން ކޮންމެވެސް މިންވަރަކަށް ކަންކަމަށް ނަޒަރު ކުރެއެވެ. އެހެންނަމަވެސް ގިނަ ފަހަރު ބަހެއް ނުބުނެ ހުރެދާނެއެވެ. ކޮންމެ ކަމެއް ވަރިހަމައަށް ވުރެ ތަންކޮޅެއް ކުރިއަށް ޖެހިލާފައިވާ ގިންތިއެކެވެ.

ހައްދުފަހަނައަޅާފައި ކަމަށް ބުނެވޭ މީހުން ގަބޫލު ކުރާ ހަމަތަކާއި ހިލާފު ވެއްޖެ ނަމަ އެކަމެއް ތަހައްމަލު ކުރާކަށް ބޭނުމެއް ނުވާނެއެވެ.  ފާޅުގައި ދެކޮޅުހަދާނެއެވެ.  ޕްރެޝަރ ކުރާނެއެވެ.

ދިވެހިރާއްޖެއަކީ އަމާން ކަމާއި ސުލްހައަށް ލޯބި ކުރާ ބަޔަކު ދިރިއުޅޭ އުފާވެރި ގައުމެކެވެ. މަޖިލިސް މެމްބަރަކު މިދާކަށް ދުވަހު ބުންޏެވެ. ޖިހާދީ ވިސްނުމުގެ މީހުން އުޅޭ ކަމުގެ ވާހަކައެވެ. ނަމަވެސް ޖިހާދު ކުރާން ވީ ސަބަބެއް ނުދައްކާ ވެރިކަމެއްގައި ކުރާނެ ޖިހާދެއް ނޯންނާނެއެވެ.

ޖިހާދު ކުރާން ޖެހޭ ސަބަބުތައް ބައެއް އިލުމު ވެރިންގެ ބަހުންނަމަ ވެއެވެ. އެއީ ދީނުގެ ހައްގުގައި އަދި ބިމުގެ ހައްގުގައެވެ. އިސްލާމް ދީނަށް އުނިކަމެއް އައިސްފާނެ ފަދަ ކަމެއް ގައުމެއްގެ ވެރިއަކު ކޮށްގެން ނުވާނެއެވެ. އަދި ގައުމުގެ ފަސްގަނޑުން ބައެއް ދީނާ ފުށު އަރާފަދަ ކަމަކަށް ޒަމާނެއްގެ ކޮޅުން ވިއަސް ފުރުސަތެއް އޮންނާނެ ފަދަ ދޮރެއް ހުޅުވައިގެން ނުވާނެއެވެ.

ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން އިސްލާމް ދީނާއި ދިވެހި ފަސްގަނޑު ދެކެ އިންތިހާއަށް ލޯބިވެއެވެ. ދިވެހިރާއްޖޭގައި ހައިބަތަށް ޓަކާމެނުވީ ސަލާމަތީ ކަންކަން ވަރުގަދަ ކުރާން ޖެހިފައިވަނީ މަދު ހާލަތެއްގައެވެ. އެމީހަކު އުޅޭ އުޅުމުގެ ސަބަބުންނެވެ. އެމީހަކު ދައްކާ ވާހަކަތަކުގެ ސަބަބުންނެވެ. އެމީހެއްގެ ކިބައިގައި ހުންނަ ނުރަގަޅު ސިފަތަކެއްގެ ސަބަބުންނެވެ. ނޫން ނަމަ ދިވެހިރާއްޖެއަކީ ލަވައެއްގައި ބުނާ ފަދައިން “ ބޭރުމީހުން ރާއްޖެ ދެކެނީ ދެވަނައެއް ނެތް ފަދައިން” ނެވެ. އަމާން ކަމާއި ސުލްހަވެރި ތަނެއްގެ ގޮތުގައެވެ.

ތަންތަން ގޮއްވުމާއި މީހުންނަށް ހަމަލާ ދިނުމާއި ކަންކަން މަދު ހަމަޖެހުން އޮތް ގައުމުތަކެއް ދުނިޔޭގައިވެސް މަދެވެ. ހަލަބޮލި ކަމާއި ނާމާން ކަމަށް ދައުވަތުދޭ ބަޔަކަށް ދިވެހީންނާއި ދިވެހީންގެ ވެރީން ވެގެން ނުވާނެއެވެ.

]]>
Sat, 17 Oct 2026 11:37:14 +0500 ހަވާ
ރަސްމާލެ ޑީލާއިގުޅިގެން އުފެދޭ މި ސުވާލުތަކަށް ސަރުކާރުގެ ޖަވާބަކީ ކޮބާ! https://heerasnews.com/4659 https://heerasnews.com/4659 ރަސްމާލެ – އީގަލް ހިލްސް މަޝްރޫޢާއި ހުޅުމާލެ ފޭސް 2 ގައި 5000 ފްލެޓް އެޅުމާ ގުޅިގެން ސަރުކާރުން ޖަވާބުދޭންޖެހޭނެ ކަމަށް ގަބޫލުކުރާ ބައެއްސުވާލުތަކެއް އެބަހުއްޓެވެ. މި ސުވާލުތަކަކީ މަޝްރޫޢާ ދެކޮޅުހެދުމަށް ހުށަހަޅާ ސުވާލު ނުވަތަ ޝަކުވާ ތަކެއް ނޫނެވެ. ނަމަވެސް، ގައުމީ މަސްލަހަތާއި، ދައުލަތުގެ މާލީ މަސްއޫލިއްޔަތާއި، ދުސްތޫރީ ސިޔާދަތާއި، އަންނަން އޮތް ޖީލުތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ޖަވާބު ހޯދަން ބޭނުންވާ ސުވާލުތަކެވެ.

1. ދުސްތޫރާއި ޤާނޫނީ ރައްކައުތެރިކަން. 

މިހާރު ހުރި ގާނޫނުތަކަކީ މި މަޝްރޫއަށް ފުދޭ ގާނޫނީ އޮނިގަނޑަކަށް ނުވާނަމަ، އެއްބަސްވުމުގެ ކޮމާޝަލް ޓާމްސް ކުރިން އެއްބަސްވީ ކޮން ޤާނޫނީ ބާރަކުންތޯ؟

މި މަޝްރޫޢަށް ވަކިން ހާއްސަ ކޮށް ގާނޫނެއް ހެދުމަށް މަޖުބޫރުވަނީ ކީއްވެތޯ؟

ދުސްތޫރުގެ 251 ވަނަ މާއްދާއާ މި މަޝްރޫއު އެއްގޮތްވާނެ ކަން ޔަޤީންކުރާނީ ކިހިނެއްތޯ؟

99 އަހަރުގެ ލީޒް މުއްދަތުގެ ތެރޭގައި ބިން ވިއްކާ، ހިބަކޮށް ނުވަތަ ވާރުތަވާ ކޮންމެ ފަހަރަކު އަލުން އާވެ 99 އަހަރު ފެށޭނެތޯ؟

އަންނަ ސަރުކާރަކުން މި ގާނޫނުތަކަށް ބަދަލު ގެނެސްފިނަމަ،ދެން ވާނީ ކިހިނެތްތޯ؟

އެއްބަސްވުމުގައި ހިމެނޭ ކަންކަން އާންމުކޮށް ހާމަކުރާނެތޯ؟

2. ބިމާއި ހިއްކުމުގެ ހަރަދު

އީގަލް ހިލްސްއަށް ދޭ 500 ހެކްޓަރުގެ މާކެޓް އަގަކީ ކިހާ މިންވަރެއްތޯ؟

މި ބިން ހިއްކުމަށް މިހާތަނަށް ކިހާ ފައިސާއެއް ހަރަދުވެފައިވޭތޯ؟

ބިންހިއްކި ކުންފުނިތަކަށް މިހާރުވެސް ދައްކަންޖެހޭ ފައިސާ އެބަ ހުރިތޯ؟

ބިންހިއްކުމުގެ އަގުގެ ބަދަލުގައި ކުންފުނިތަކަށް ބިމެއް ނުވަތަ ބިންތަކެއް ދޭން ވައުދުވެފައިވާނެތޯ އަދި އެ ބިންތައް ކޮބައިތޯ؟

މި ބިން އީގަލް ހިލްސްއަށް ދެނީ ހިލޭތޯ، ކުއްޔަށްތޯ، ނުވަތަ އެހެން މާލީ އެއްބަސްވުމަކުންތޯ؟

މިހާ ބޮޑު ބިމެއް ބޭރުގެ އިންވެސްޓަރަކަށް ދިނުމުގައި ބައިނަލްއަގުވާމީ ޓެންޑަރަށް ހުޅުވާނުލީ ކީއްވެތޯ؟

3. ހުޅުމާލެ ފޭސް 2 ގެ 5000 ފްލެޓް

5000 ފްލެޓް އީގަލް ހިލްސްއިން ހިލޭ އަޅައިދެނީތޯ، ނުވަތަ ފަހުން ސަރުކާރުން އެއަށް ފައިސާ ދައްކާނީތޯ؟

ފައިސާ ދައްކާނަމަ، ފްލެޓެއްގެ ފުރިހަމަ އަގަކީ ކިހާ ވަރެއްތޯ؟

ރަސްމާލެއިން ފައިސާ ނުލިބިއްޖެނަމަ، ފްލެޓްތަކުގެ ދަރަނި ދައްކާނީ ކާކުތޯ؟

ކޮމާޝަލް ސްޕައިން މަޝްރޫޢަށް ވީ ކިހިނެއްތޯ؟

އެ މަޝްރޫޢަށް ދިން އެޑްވާންސް ފައިސާ އަނބުރާ ލިބިފައިވޭތޯ؟

މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރަށް ވީ ކިހިނެއްތޯ؟

އެއް ބިމުގައި ތިން ތަފާތު މަޝްރޫޢު އިއުލާނުކުރިއިރު، ކުރީގެ އެއްބަސްވުންތަކުގެ ގާނޫނީ ހާލަތަކީ ކޮބައިތޯ؟

4. 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

20 ބިލިއަން ޑޮލަރަކީ އީގަލް ހިލްސްއިން އަމިއްލަ ފައިސާއިން ކުރާ އިންވެސްޓްމަންޓެއް ހެއްޔެވެ؟

މި 20 ބިލިއަން ޑޮލަރުގެ ކިހާ ވަރެއް ދިވެހި ބޭންކުތަކަށް ވަންނާނެތޯ؟

މި ފައިސާއިން ކިހާ ވަރެއް ރާއްޖޭގައި، ކިހާ ވަރެއް ބޭރަށް ދާނެތޯ؟

20 ބިލިއަން ޑޮލަރުމް އީގަލް ހިލްސްގެ އަމިއްލަ ކެޕިޓަލްއަކީ ކިހާ މިންވަރެއްތޯ؟

ޕްރޮޕަޓީ ވިއްކުމުން ލިބޭ ފައިސާއިން ދައުލަތަށް ލިބޭ ހިއްސާ އަކީ ކޮބާތޯ؟

މަޝްރޫއުގެ އިންކަމް، ޓެކްސް، ހަރަދު އަދި ދަރަނި އަނބުރާ ދެއްކުން ވަކިކޮށް، އަހަރަކުން ދައުލަތަށް ލިބޭ ސާފު ފައިދާ ކިހާ ވަރެއްތޯ؟

5. ބޭރުގެ ރައްޔިތުން، ރެސިޑެންސީ އަދި ދީނީ މައްސަލަތައް. 

ރަސްމާލެއިން ގެއެއް ގަތުމުން ބޭރުގެ ރައްޔިތަކަށް ރެސިޑެންސީ ލިބޭނެތޯ؟

އެ ރެސިޑެންސީއަކީ ދާއިމީ ރެސިޑެންސީއެއްތޯ، ނުވަތަ ވަކި މުއްދަތަކަށް ދޭ ހުއްދައެއްތޯ؟

ތަފާތު ދީންތަކަށް ނިސްބަތްވާ މީހުން ރަސްމާލެއިގައި ދިރިއުޅޭވޭނެތޯ؟

އެ މީހުންގެ ދީނީ ޢަމަލުތަކާއި ދިވެހި ދުސްތޫރާއި ގާނޫނުތަކާ ދެމެދު ގުޅުން ދަމަހައްޓާނީ ކިހިނެއްތޯ؟

ބޭރުގެ ޕްރޮޕަޓީ ގަތް މީހަކު ފަހުން އެ ޕްރޮޕަޓީ އެހެން މީހަކަށް ވިއްކާއިރު އަލުން ސެކިއުރިޓީ ސްކްރީނިންގ ހަދާނެތޯ؟

ދީނީ ނުވަތަ ސިޔާސީ ހިޔާލުތަފާތުވުން އުފެދިއްޖެނަމަ، އެކަންކަން ޙައްލުކުރުމަށް އޮންނާނީ ނިޒާމެއް ތޯ؟

6. ޕޮލިސް، އިންޓެލިޖެންސް އަދި ގައުމީ ސަލާމަތް:

ޕްރައިވެޓް ރެސިޑެންސީ ޑިވޮލޮޕްމަންޓެއްގެ ހައިސިއްޔަތުން ނަމަ:- 

ރަސްމާލެއިގެ ޕޮލިސިންގ (އަމަން ބެލެހެއްޓުން) ހިދުމަތް ދޭނީ ކޮންބައެއްތޯ؟

ޕޮލިސް ސްޓޭޝަން، އޮފީސް، ވެހިކަލް އަދި އެހެން ވަސީލަތްތައް ހޯދުމުގެ ހަރަދު ކުރާނީ ކޮންފަރާތަކުންތޯ؟

އަމްނަ ބަލަހައްޓާ މުވައްޒަފުންގެ މުސާރަ، ޓްރެއިނިންގ އަދި އޮޕަރޭޝަނަލް ހަރަދު އަދާކުރާނީ ކޮން ފަރާތަކުންތޯ؟

މަޝްރޫއުގެ ސަބަބުން އިތުރު އިންޓެލިޖެންސް އަދި ގައުމީ ސަލާމަތުގެ ހިދުމަތް ބޭނުންވެއްޖެނަމަ، އެ ހަރަދު އަދާކުރާނީ އަދި ހިދުމަތްދޭނީ ކޮން ފަރާތަކުންތޯ؟

އެމް.އެން.ޑީ.އެފްގެ އެހީ ބޭނުންވާ ހާލަތެއް އުފެދިއްޖެނަމަ، އެ ކަމުގެ ހަރަދު އުފުލާނީކޮން ފަރާތަކުންތޯ؟

ޕްރައިވެޓް ސެކިއުރިޓީ ކުންފުންޏަކަށް ދެވޭނެ ބާރު ތަކަކީ ކޮބާތޯ؟

ރަސްމާލެއިގެ ހުރިހާ ސަރަހައްދަކަށް ދިވެހި ޤާނޫނު އަސާސީ އާއި ޤާނޫނީ ބާރުން ޕޮލިހާއި ސަލާމަތުގެ އިދާރާތަކަށް ވަންނަން ލިބޭނެ މިންވަރަކީ ކޮބާތޯ؟

7. ކަސްޓަމްސް، އިމިގްރޭޝަން އަދި ކޯޓުތައް.

ރަސްމާލޭގައި ޕްރައިވެޓް މެރީނާ ނުވަތަ ބޭރުން ފަޅަށް ވަންނަ ތަންތަން ހުރިނަމަ، ކަސްޓަމްސް އަދި އިމިގްރޭޝަން ހިދުމަތް ދޭނީ ކޮންބައެއްތޯ؟

އެ އިދާރާތަކުގެ އިމާރާތާއި، ވަސީލަތާއި، މުވައްޒަފުންގެ ހަރަދު ދައްކާނީ ކޮންފަރާތްކުންތޯ؟

ރަސްމާލޭގައި އުފެދޭ ސިވިލް އަދި ކްރިމިނަލް މައްސަލަތައް ބަލާނީ ދިވެހި ކޯޓުތަކުންތޯ؟

ރަސްމާލޭގައި ކޯޓުތަކެއް ވާނަމަ، ގާޒީން އަދި ގާނޫނީ ހިދުމަތް ބޭނުންވާ ހާލަތްތަކުގައި، އެ ހަރަދު ކުރާނީ ކޮންފަރާތަކުންތޯ؟

ބޭރުގެ އާބާދީ އިތުރުވުމުން އުފެދޭ އިތުރު ހަރަދުތަކަށް މާލީ ޕްލޭނެއް ހެދިފައިވޭތޯ، އަދި އެ ހަރަދުތަކުގެ ޒިންމާ ނަގާނީ ކޮންފަރާތަކުންތޯ؟

8. މުނިސިޕަލް ހިދުމަތްތަކާއި ލޯކަލް ގަވަރނަންސް.

ރަސްމާލެ ބަދަލު ވާނީ ސިޓީއަކަށްތޯ، އަދި އެހެން ސިޓީއެއްގެ އިހުތިސާސްގައިވާތަނެއް ނަމަ ކޮން ސިޓީއެއްގެ ބެލެނިވެރިކަމެއްތޯ، އަދި މި ހިދުމަތްތަކަށް ހަރަދު ކުރާނެ ނިޒާމާއި ހަރަދު ކުރާނެ ފަރާތަކީ ކޮބާތޯ؟

ކުނި ނެގުން، މަގުތައް، ފެން، ނަރުދަމާ އަދި ފަޔަރ ސާވިސް ފަދަ ހިދުމަތްތައް ދޭނީ ކޮންފަރާތަކުންތޯ؟

އެ ހިދުމަތްތަކުގެ ހަރަދު ބަހައްޓާނީ އީގަލް ހިލްސްއިންތޯ، ޕްރޮޕަޓީތަކުގެ ވެރީންތޯ، ނުވަތަ ދައުލަތުގެ ބަޖެޓުންތޯ؟

ރަސްމާލޭގެ މާލީ ފައިދާއިން ކައުންސިލަށް ލިބޭ ބައެއް ވާނެތޯ؟

މަޝްރޫއު ފެއިލްވެއްޖެނަމަ އެ ހިދުމަތްތައް ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އުފުލާނީ ކާކުތޯ؟

9. 20، 30 އަދި 99 އަހަރުގެ ފަހުން:-

20 އަހަރުގެ ފަހުން ރަސްމާލޭގެ އިދާރީ ބާރު އޮންނާނީ ކޮންފަރާތެއްގެ އަތުގައިތޯ؟

އީގަލް ހިލްސް ބަދަލުވެ، ވިއްކާލައި ނުވަތަ ބޭރުގެ އެހެން ކުންފުންޏަކަށް ދަރަނިވެއްޖެނަމަ، ބިމުގެ ހައްގުތަކަށް ވާނީ ހިކިނެތްތޯ؟

ދެން އުފެދޭ ސަރުކާރަކުން ނުވަތަ ސަރުކާރުތަކުން މަޝްރޫޢުގެ ޝަރުޠުތަކަށް ބަދަލު ގެނެސްފި ނަމަ، ބައިނަލްއަޤްވާމީ އާބިޓްރޭޝަންގައި ދައުލަތަށް މައްސަލައެއް ޖެއްސޭނެތޯ؟

99 އަހަރުގެ ލީޒް ނިމުމުން ބިން ދައުލަތަށް އަނބުރާ ލިބޭނީ ކޮން ޝަރުޠުތަކެއްގެ މަތިންތޯ، އަދި ދިވެހި ބިން ދިވެހީންގެ އަތްމައްޗަށް އެނބުރި ބަދަލުވާނީ ކޮން އަހަރަކުތޯ؟ 

އަންނަ ޖީލުތަކަށް ދަރަންޏާއި ގާނޫނީ މައްސަލަތައް ވާރުތަކޮށްދީފައި ދިޔުން މަނާކުރާނީ ކިހިނެއްތޯ؟

99 އަހަރާއި ހަމައަށް ދަައިރު ޔަހޫދީންނާއި އިސްލާމީ ވަންތަކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ގެރެންޓީއަކީ ކޮބާތޯ؟ 

99 އަހަރަށް ފަހު ރަސްމާލޭގެ ބިމުގެ މިލްކު ވެރިކަން ދިވެހީންގެ މައްޗަށް ދެމިގެންދާނެ ގޮތަށް އެޅިދާނެ ހުރަސްތައް ކަޑަތު ކުރުމަށް ރޭވި ޤާނޫނުތަކުން ހޯދާނެ ހައްލާއި ބައިނަލް އަގުވާމީ ކޯޓުތަކުގައި ދަފްރަތު ކުރުމުގެ ނިޒާމަކީ ކޮބާތޯ؟ 

99 އަހަރުގެ މުއްދަތުގެ ތެރޭގައި ޔަހޫދީންގެ ޝަހަރަކަށް އަދި ގައިރު ދީނުގެ ސަރަހައްދަކަށް ރަސްމާލެ ނުވާނެ ކަމުގެ ޔަގީން ކަމަކީ ކޮބާތޯ؟

]]>
Thu, 15 Oct 2026 12:22:38 +0500 ހަވާ
ދަރީންނާއި ދަރީންގެ ދަރިން އުޅެން ޖެހޭނީ ސާޅަނގަ އާއި ގައު ބުރިތައް ހިފައިގެން https://heerasnews.com/4658 https://heerasnews.com/4658 ބިރުގަތީ ހެއްޔެވެ. ޖަލުގައި އޮވެމެ އޭރުގެ ކޯލިޝަން ސަރުކާރާއި ދެކޮޅަށް ގިނިކަންޏާ ކުޅުނު މެޗުންވެސް މޮޅުވީ ހުކުމް އަޅައިގެންނެވެ. 

ރައީސް ޔާމީން އަންޑަރ އެސްޓިމޭޓު ނުކުރާށެވެ. ބޮލާ ފޮށާއެޅުން ނޫން ކަމެއް އިރާދަކުރެއްވިއްޔާ ނުވާނެއެވެ. ރައީސް ޔާމީނަކީ ސަމޯއާ އެއްބަސް ވުމާއި ސޯފާ އަވޭ ބޭފުޅެކެވެ. ވަރުގަދަ ފަޔެއް ފެނިގެން ހިއްސުތައް ހޭލާ ވާހަކަ ނުދައްކަވާށެވެ. ފިސާރި ފިރިހެނެއްގެ ފައެއް ފެނުނީމަވެސް ބޮޓޭކޯމެންނަށް މިއޮއް ވާގޮތެކެވެ.

ހަނދާން ނައްތާލާށެވެ. އަސާގައި ހިފާފައި ތިބި މީހުންނާއި އަނގަމަސާޖު ކުރާ މީހުން ގެ ތަފްސީލުތަކާއި ވީޑިއޯތައް ރާއްޖޭގައި އެތައް ބަޔަކު ބެލިއެވެ. އެހެން ވީމާ ވަރުގަދަ ފައެއް ފެނި ތިޔަ ހަށިގަނޑަށް އަރާ ވަރުތަކުގައި ރައީސް ޔާމީނު ނުޖެހޭނެއެވެ. 

ދެން އޮތީ ހުކުމުގެ ވާހަކައެވެ. އިބުރާހީމު ބަލިކުރީ ޖަލުގައި އޮވެއެވެ. ބޮނދު ބުޑަށް ކީ ސަޔަކުންނެވެ. ލާލުގެ މައްޗަށް އެޅި ހުކުމަކުންނެވެ. ހަސަދަ ވާންވީއެވެ. މިއަދުގެ ސަރުކާރުގައި ތިބީ އޭރު އެ އެޅި ހުކުމުގެ “އާދެ، ލާލުގެ މައްޗަށް އަޅާލި ހުކުމުގެ ފައިދާ ނާޖާއިޒު ގޮތުގައި ނަގަމުންދާ މީހުން”ނެވެ. އެ ހުކުމް އެޅީ ލައްޗެއެއް އަދުރޭއެއް މޯޑެއް ނޫނެވެ. އެމީހުންނަކަށް އެ ލާލުގެ މައްޗަށް ހުކުމް އަޅާކަށް ނޭގުނެވެ. އެ ފުރުސަތު ހޯދާކަށްވެސް ނޭނގުނެވެ. ލާލު މައްޗަށް ހުކުމް އެޅީ ރައީސް ޔާމީނެވެ.

ގައުމު ސަލާމަތް ކުރުމުގެ މަގުސަދުގައެވެ. އުތުރު ތިލަފަޅު ހޯދުމުގެ ބޭނުމުގައެވެ. ގޮތް ނޭނގޭ ސިއްރު އެއްބަސްވުންތަކުގެ އަސްލު ހޯދާ ހުތި ގޯސްތައް ނައްތާލުމުގެ މަގުސަދުގައެވެ. ރާއްޖޭގެ ސަރަހައްދުން ގެއްލުވާލި ކަނޑުގެ ސަރަހައްދު ހޯދުމުގެ މަގުސަދުގައެވެ. ރާއްޖޭގެ ޑިމޮކްރަސީ ދިފާއުކޮށް ތިން ބާރު ވަކި ވެފައިވާ ނިޒާމެއް ހޯދުމުގެ ހުވަފެނުގައެވެ. ދައުލަތުގެ ބާރުތައް މިނިވަން ކުރުމުގެ މަގުސަދުގައެވެ. އުންމީދާއި ހުވަފެން ހަގީގަތަކަށް ނުވީ ތާއެވެ. ހިޔަޅުކަން ބޮޑުވެ، މަކަރުވެރިކަމުގެ ކަޅު ވިލާގަނޑެއްގައި އޭރު ތިބި މީހުންގެ އަސްލުތައް ފެނުނީއެވެ. 

އަނެއްކާވެސް އައު ބާބެކެވެ. މާތް ރަސްކަލާނގެ ވާގިފުޅާއި އެކު މިފަހަރުގެވެސް އުންމީދަކީ ގައުމުގެ މުސްތަގުބަލެވެ. ރައްޔިތުންގެ ފުދުންތެރިކަމެވެ. އަމިއްލަ ވަޒަނުގެ ރައްކާތެރިކަމާއި ހިމާޔަތެވެ. 900 އަހަރުވީ އިސްލާމީ ނިދާ ދެމެހެއްޓުމެވެ. އިސްލާމީ ދަންމަރު ނިވުނަ ނުދީ އެ ހުޅުކޮޅު ދިރިދެމިގެންވާ ގޮތުގައި ރޯކޮށް ބޭއްވުމެވެ.

މިފަހަރުވެސް މި ގައުމުގެ ހައްގުގައި ލާލު ވިއްޔާ ލާލު، ކާލާ ވިއްޔާ ކާލާ ގެ މައްޗަށް ގައުމީ ހުކުމް އަޅާނީ އިރާދަކުރެއްވިއްޔާ ރައީސް ޔާމީނެވެ. ލައްޗޭއާއި އާދަނާއި ގާސިމެށް ނޫނެވެ. ގައުމު ސަލާމަތް ކުރަން ލިބޭ މިފަދަ ފުރުސަތު ތަކުގެ ބޭނުން ހިފަން ދެކޮޅުވެއްޖެ ނަމަ އަހަރުމެންގެ ދަރީންނާއި ދަރީން އުޅެން ޖެހޭނީ ސާޅަނގަ އާއި ގައު ބުރިތައް ހިފައިގެން ގާޒާގެ މުސްލިމުން އުޅޭ ހާލުގައި ގައުމު ސަލާމަތް ކުރާށެވެ.

]]>
Wed, 14 Oct 2026 16:28:54 +0500 ހަވާ
ވެރިކަމާހެދި ޔަހޫދީން އެކުވެރި ސައުދާގަރެއްގެ ޖުއްބާތެރެއަށް https://heerasnews.com/4650 https://heerasnews.com/4650 ނަމުން އިސްލާމް ދައުލަތެކެއްގެ ގޮތުގައި ޔޫއޭއީ އޮތަސް ، ކަމުން ޔޫއޭއީ އަކީ ސެކިއުލަރ ދައުލަތެކޭ ބުނުމަކުން ގޯހެއް ނުވާނެއެވެ. މިހެން ބުނާ ސަބަބަކީ ސެކިއުލަރިޒަމް ނޫނީ (ޢަލްމާނީ) ފިކުރުގެ އަސާސީ މަބާދިއުތަކަކީ ، ފައްޅިޔާއި، ދައުލަތާއި ވަކިކޮށްލުމާއި , ދީނީ މިނިވަންކަން އެދައުލަތެއްގެ ތެރޭގައި ދެވިފައިވުމެވެ. އެގޮތުން ދުބާއީގެ ރަސްމީ ދީނެއްގެ ގޮތުގައި އިސްލާމް ދީންކަމުގައި ކަނޑައަޅާފައި އޮތަސް ، ޢަލްމާނީ ފިކުރުގެ އަސާސްތަކަށް ޖާގަލިބޭގޮތަށް އެދައުލަތުގެ ގާނޫނީ އުސޫލުތަކުން މިވަނީ ތަންމިނަށް ހުޅުވާލާފައެވެ. 

 އެއިގެ ފެކްޓަކީ ގައިރު މުސްލިމުންނަށް އެ ގައުމުގެ ރައްޔިތުންނަށް ވުމުގެ ފަސޭހަ ފުރުސަތު އޮތުމާއި، ދީނީ މިނިވަންކަން ދިނުމުގައި ، ހިންދޫ ދީނުގެ ސިކް ގުރުދުވާރާއި ފައްޅި ހުރުމާއި ، އެ ފައްޅި ކައިރިން އަޅުކަމީ ބުދު ފިހާރަތަކުން ވިއްކުމާއި ، ބުޑިސްޓު ޓެމްޕަލްތަކާއި، އޮތޮޑޮކްސް ރަޝިޔާ ކްރިސްޓިއަން ޗާރޗް ގާއިމުވެފައި ހުރުމާއި، މިފަދަ ދީނީ މިނިވަންކަން އެ ގައުމުގައި ދެވިފައި އޮތުމެވެ. އެކި ދީންތަކުގެ ސަގާފީ ޢީދުތައް، ކްރިސްމަސް، ދިވާލޭ، މިފަދަ ދުވަސްތައް ފާހަނގަ ކުރުމަށް އެ ގައުމު ހުޅުވިފައި އޮތުމެވެ.   

ނިކަން ބަލަމާ ހިނގާށެވެ. ޔޫއޭއީ ގައި ޔަހޫދީންގެ 1000 (ހާހާއި) 7000 ( ހަތްހާހާ ) ދެމެދު ގާތްކުރާ ކޮމިއުނިޓީއެއް އޮވެއެވެ. އެ ގައުމުގައި މަސައްކަތް ތެރިންގެ ގޮތުގައްޔާއި ، ރެސިޑެންޓުންގެ ގޮތުގައި އައިސްތިބެގެންނެވެ. މި ޢަދަދު ހަމަކުރަނީ ، ސީޒަނަލް ރެސިޑެންޓުން ، (މޫސިމީ ، ވަގުތީ ) ކޮށް ތިބޭ މީހުނާއި ދާއިމަށް އުޅޭ މީހުނާއި އެކުއެވެ.

މިވަރުގެ ޢަދަދެއް ޔޫއޭއީގައި ދިރިއުޅޭ އިރު އެބައިމީހުންގެ ދީނީ އަޅުކަމީ ތަނެއް ނެތިއެއް ނުދާނެއެވެ. އެގޮތުން އޮތޮޑޮކްސް ޖުޑައިޒަމް ފެތުރުމުގެ ޙަރަކާތުގެ ތެރެއިން ޔަހޫދީންގެ ރައްބީން ބައްދަލުވުންތަށް ބާއްވައި އެބައިމީހުންގެ ދީނީ ކަންކަމަށް ( ހަބާދް އޮފް ދަ ޔުނައިޓެޑް އަރަބް އެމިރޭޓްސް) ވަނީ ގާއިމުކޮށްފައެވެ. 

މިވާހަކަ ތަފްސީލުކޮށް ބަޔާންކުރަން މިޖެހުނީ ރާއްޖެ އިސްލާމްވި ދުވަސް ސެޕްޓެމްބަރު 13 ވަނަ ދުވަހު ސަރުކާރުން ކުލަގަދަކޮށް ފާހަނގަ ކުރުމަށް ފަހު ޖެހިގެން އައި ދުވަހު މީޑިޔާއަށް ތިލަކޮށްލީ ދުބާއީގެ އިންވެސްޓަރު އަލް އަލައްބާރާއި އެކު ރަސްމާލޭގެ ސިއްރު އެއްބަސްވުމެއް އެކުލަވާލައި 99 އަހަރަށް އެތަން ދިންވާހަކައެވެ.

އެގޮތުން މިއީ ކާކުތޯ ބަލައި ދިރާސާކުރުމުގައި ، އަލްއަލައްބާރުގެ ޢަމަލުތަކާއި ، އެކިއެކި ފޯރަމުތަކުގައި ދެއްކި ވާހަކަތަކުން މީނާއަކީ ޔަހޫދީންނާއި ގާތް ގުޅުމެއް އޮތް އެބައި މީހުންގެ މީހެއްކަން ދަލާލަތުކުރާ ގިނަ ގަރީނާތަކެއް ވަނީ ސާބިތު ހިފޭވަރަށް ދިވެހީންނަށް ތިލަވެފައެވެ.

އެގޮތުން ތިރީގައިވާ ފޮޓޯއިން ތިޔަ ފެންނަނީ ، ޔޫއޭއީގައި ދިރިއުޅޭ ޔަހޫދީ ރައްބީންނާއި އެކު އަލައްބާރު ބައިވެރިވާ ފޮޓޯއެކެވެ. ވާތް ފަރާތުގައި ހުއްޓާ އެފެންނަނީ ޔޫއޭއީ ގައި ޔަހޫދީން ގާއިމަކޮށްފައިވާ ހަބާދް ސެންޓަރުގެ ޗީފް ރައްބީ (ލެވީޑަޗްމަން) އެވެ.

މިހުރިހާ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ބުރަވެވެނީ، މުއިއްޒު ދިވެހީންގެ ބޯހިޔާވަހިކަމަށް ހިއްކި ރަސްމާލޭގެ ތަސައްވުރަކީ ، ރާއްޖެ ސެކިއުލަރ ކުރުމުގެ ހަގީގީ ފެށުމެވެ. އަލައްބާރާއި ދެމެދު ހެދުނު އެއްބަސްވުންތަކާއި އެކު ގާނޫނުތައް ބަދަލުކުރުމަށް މަޖުބޫރުވުމެވެ.

އަލައްބާރަށް ޕްރޮޕަޓީ އޯނަރޝިޕް ލިބުމާއި އެކު ދިވެހިންގެ އިހުތިސާސުން ރަސްމާލެ ކެނޑުމެވެ. މާލެ އަތޮޅުގެ އިހުތިސާސުން ރަސްމާލެ ބޭރުވުމެވެ. އަލައްބާރަށް ރަސްމާލެ ދިނުމަކީ އިންފިނިޓްކޮށް ނިމުމެއްނެތް ދިނުމެކެވެ. 

އޭނާ ޕްރޮޕަޓީ ސީޒަނަލްކޮށް އަދި އުމުރަށް އޭނާގެ ކްލަޔަންޓުންނަށް ބައިވެރިންނަށް ވިއްކާކަމަށާއި ، އެހެން ކަމުން ޔޫއޭއީގައި ، ސެކިއުލަރކޮށް އެހެންދީންތަކަށް ފުރުސަތު ހުޅުވާލިއިރު ، މިފަދަ ޔަހޫދީންގެ އެކުވެރި ސައުދާގަރެއްގެ ޖުއްބާތެރެއަށް ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ ރާއްޖޭގެ ޓެގު ނިތްކުރީގައި ހިއްޕައިގެން ، ދީނާ ގައުމޭ ކިޔަ އައި މީހުން ވެއްޓި ، މާދަމާ ޔަހޫދީންގެ  

(Jews Habad center of the maldives @ Rasmale)

ފެނުމަކީ ޝައްކެތްނެތް މިންވަރަށް ޔަގީންވާކަމެކެވެ.

]]>
Sat, 10 Oct 2026 16:43:49 +0500 ހަވާ
މުއިއްޒު ބޭނުމިއްޔާ ކިއްޕާ ތޮފި އަޅާ | ދިވެހިން އަޅުވަން ނޫޅޭ https://heerasnews.com/4649 https://heerasnews.com/4649 އަތޮޅުތެރޭގައި ރައީސް ޔާމީންގެ ދަތުރުތަކަކީ ސަރުކާރަށް ކެތްވާވަރުގެ ކަމަކަށް ނުވިއެވެ. ގދ. ތިނަދޫގައި މީހުން ދެވަނަ ފަޖަރު އާބާދުވިތާ 60 އަހަރު ފާހަގަ ކުރުމަށް ބޭއްވި ބައްދަލުވުމަށް ރައީސް ޔާމީނަށް ދައުވަތު ލިބުނެވެ. ދައުވަތު ގަބޫލުކޮށް ރައީސް ޔާމީންގެ ސިޔާސަތުތަކާއި ގައުމާއި މެދު ދެކޭ ގޮތް ހާމަކޮށްދިނުމަށާއި އެކު ތިނަދޫ ސިޓީއަށް ރައީސް ޔާމީން ވަޑައިގަތެވެ.

ތިނަދޫ ސިޓީއިން ކީ މަރުހަބާ ސަރުކާރަކަށް ހަޖަމެއް ނުވިއެވެ. ތިނަދޫ ސިޓީގެ މޭޔަރު އުލުބައިންދަން ނިންމީއެވެ. އަވަސް ތަހުގީގަކަށް ފަހު މައްސަލަ މިހާރު ކޯޓުގައެވެ. މިއަދު ދައުލަތް ހިނގާ ގޮތުންނަމަ ޝައްކު ކުރުމުގެ ސުވާލެއް ނުއުފެދެއެވެ. މޭޔަރު ހައްޔަރުވެ ގޮނޑި ގެއްލެނީއެވެ.

ނަމަވެސް ތިނަދޫ މީހުންގެ ބަހުންނަމަ މުއިއްޒަށް ތިނަދޫއިން ގިނަވެގެން ލިބޭނީ %5 އެވެ. ޒުވާނުންތައް ތިބީ މާޔޫސް ބޯޑު އަޅުވައިގެންނެވެ.

ސޮއިކުރުވި ޓެމޫ ޕްރިންސްގެ އެއަރޕޯޓާއި އިންޓަނޭޝަނަލް ބަނދަރާއި އުމުރާނީ ތަރައްގީއޮތީ ބިމު އަޑީގައެވެ. ވަޒީފާގެ ބިރަށް ތިބި މީހުންގެ ނިސްބަތް ބޮޑުކަން ފާހަގަވިއެވެ. ގޭގޭގެ ބަދިގެތައް ހުރީ ހުހަށެވެ. ފިހާރަތަކުގެ އަށިތަކުގައި ހުރީ ހިރަފުހެވެ. ތަކެތީގެ އަގުތައް ހުރީ އަތްފޯރާފަށުން މަތީގައެވެ. ކާމިޔާބު ދަތުރަކަށް ވީ ރައީސް ޔާމީނަށެވެ. 

ތިނަދޫގައި ދުވަސްކޮޅެއް ހޭދަކޮށްލުމަށް ފަހު ރައީސް ޔާމީން ދެން ވަޑައިގަތީ ފުވައްމުލައް ސިޓީއަށެވެ. ފިނިފެންމަލުގެ ފިޔަތަކުން އެ ސިޓީގެ ރައްޔިތުން ކީ މަރުހަބާ އެއީ މުޅިން އެހެން ލެވެލްއެކެވެ. ފުވައްމުލައް ސިޓީގެ އެކި އުމުރުފުރައިގެ ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލު ބަދަލު ކޮށްލިއެވެ.

ރައީސް ޔާމީން 2028 ނަމުގައި ރަށުގެ ރައްޔިތުން ބައްދަލުވުމެއް ބޭއްވިއެވެ. އެތަށް ސުވާލުތަކަކަށް ރައީސް ޔާމީނުގެ ހައްލުތައް ހުށަހެޅިއެވެ. ކާމިޔާބު ދަތުރުތަކުގެ ތެރެއަށަ އިތުރު ބޮޅެކެވެ. އުންމީދުން ފުރިފައިވާ ދަތުރުތަކެކެވެ. ނާއުންމީދުތައް އައު އުންމީދު ތަކަކަށް ބަދަލުވެގެން ދިޔައެވެ. ދެ ސިޓީގެ ރައްޔިތުންނަށް އުންމީދެއް ލިބިގެން ދިޔައެވެ.

ދެވަނަ ސިޓީއިންވެސް ބުނަނީ ގިނަވެގެން %5 ކަމަށެވެ. ދިރިތިބީންނަށް ހަގީގަތް ފެންނާނެއެވެ. ރައީސް ޔާމީންގެ ޝަރަފުގައި ބެހެއްޓި ހުސް ގޮނޑިއަކާއި ފަހަތުގައި ޖަހާފައިވާ ފޮޓޯގަނޑެއްގެ ބާރުގައި ބާރުވެރިކަން ހޯދި މުއިއްޒެއް ވިއްޔާއެވެ. 

ދެ ސިޓީގެ ކާމިޔާބު ދަތުރަށްފަހު މާލޭގައި ދުވަސްކޮޅެއް ހޭދަކޮށްލުމަށް ފަހު ރައީސް ޔާމީން ވަޑައިގަތީ ރާއްޖޭަގއި މާލެ ފިޔަވާ އެންމެ އާބާދީ ބޮޑު ސިޓީއަށެވެ. އައްޑޫ ސިޓީ ގެ މަރުހަބާ ސަފު ފެނި ސަރުކާރު މޮޔަވެއްޖެއެވެ. ބައްދަލުވުންތައް އޮންލައިންކޮށް ބެލި މީހުންގެ ނިސްބަތް ރެކޯޑް ފޮތުން ޖާގަހޯދައިފިއެވެ.

ހުޅުމީދޫން ފެށިގެން ފޭދޫގެ ރައްޔިތުންގެ ހިތްތައް ދަމައިގެންފިއެވެ. މުއިއްޒަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ބިރަށް ރައްޔިތުން ނުގުޑިއެވެ. އުންމީދު އޮތްކަން އައްޑޫ ސިޓީގެ ރައްޔިތުން ބުނެފިއެވެ.

ސަރުކާރުގެ އެކި ފަންތީގެ ވެރީން ގޮތް ހުސްވެއްޖެއެވެ. ސައިމޭޒުތަކުގައާއި އޮފީސް ތަކުގެ ބޮޑު މޭޒުތަކަށް ވެރީން ހާޒިރުވާން ފެށީއެވެ. ޔަހޫދީންނަށް ރަސްމާލެ ދޭން މާލެއާއި އަތޮޅު ތެރެއިން ބޭނުން ނުވާ ވާހަކަ ސޯޝަލް މީޑިއާގައި ފަތުއަޑުކިޔާ ދިޔައީ ގޮވަމުންނެވެ.

އެމްޑީޕީ އަލުން ރުކުވާލައިފިއެވެ. ޖަމާއަތެއްގެ ގޮތުގައި އެތުރެން ފަށައިފިއެވެ. ސަރުކާރަށް ދެ ދިމާލެއްގެ ހުރަސް ތަކަކާއި ކުރިމަތިލާން ޖެހުނީއެވެ. 2028 އޮތީ ރައީސް ޔާމީނަށް ނުވަތަ އެމްޑީޕީއިން ނިކުންނަ ކެނޑިޑޭޓަކަށެވެ. ސަރުކާރަށް ބޮޅެއް ކަމަށް ރައްޔިތުން ބުނަން ފެށީއެވެ.

ހާއްސަ ކޮށް މާޒީ ކުރި 40 އަހަރަށް ބަލާއިރު ގައުމުން ނުފެންނަ ތަނަވަސްކަން ފެނުނު ފަސްއަހަރުގެ މޭސްތިރިއެވެ. ސީދާ ބަހުގެ ވެރިޔާއެވެ. ޗަރުކޭސް ކުޅުމެއް ދޮގުހެދުމެއް ނެތެވެ. ކޮށްދޭނެ ކަމަށް ބުނާ ކަމެއް ރަނުން ރަނަށް ކޮށްދިނެވެ. ނުބުނާ ކަންކަން އަދި މާ އިތުރުވެފައި ގިނައެވެ. ޑޮލަރު ތިޔާތްގެވެ. އަތުގައި ފައިސާ ހުއްޓެވެ. މަހުގެ ކުރީ ކޮޅެއް ފަހު ކޮޅެއް ނެތެވެ. ހުސް ބަހާރު މޫސުމެވެ. ތިން ސިޓީން ދިނީ ޔަގީން ކަމެކެވެ. ރައީސް ޔާމީން ޔަގީން ކަމެވެ. 2028 ޔަގީން ކަމެވެ. ރައީސް ޔާމީން ކަމެވެ. 

ސަރުކާރުގެ މައްކާރު ވިސްނުންތައް މަޑުމަޑުން ތިލަވާން ފެށީއެވެ. ޔަހޫދީ އެޖެންޓާއި ރަސްމާލެ ހަވާލު ކުރުމުގެ އެންމެ ފަހު ކުޅި ކުޅެލަނީއެވެ. ޔަހޫދީ އެޖެންޓު ރާއްޖެ ގެނެސް އޭނާގެ ޔަހޫދީ ވިސްނުމުގެ ތެރެއަށް މުސްލިމު ދިވެހީންތަކެއް ފައްތަން ފެށީއެވެ. އަރަބި ޖުއްބާ ތުރުކުރައްވާ ޝޭހުންނަށް އޯކޭ އެވެ. ނެހެރޫ ކުރުތާ ތުރުކުރައްވާ އިލްމުވެރީންނަށްވެސް އޯކޭ ވީއެވެ. މި ފަދަ ޝޭހުންނަށް ވުރެ ސޭކުން މާ ރަގަޅެވެ. 

 ހަމަ އެއާއި އެކު ރައީސް ޔާމީނުގެ މައްސަލަތައް ކޯޓުތަކުގައި ހިންގުން ހަލުވި ކުރާން ފެށީއެވެ. ރައީސް ޔާމީން ފާހަގަ ކުރާގޮތުންނަމަ ކޯޓުގެ ފަނޑިޔާރާއި ފުލުހުންގެ މީހުންނާއި ސަރުކާރުގެ ވެރީން ބައްދަލުވުންތައް އިތުރުވީއެވެ. ނަން ހާމަކުރަން ބޭނުން ނޫން ފުލުހަކު ބުނާ ގޮތުންނަމަ “ ފަނޑިޔާރު ނަދީމްގާތަށް މުއިއްޒު ބުނެގެން އިހުސާނު ފޮނުވީ އިންޓެލް ޝަމީމާއި މުހައްމަދު ރިޔާޒް” ކަމަށެވެ. ބިރުން ހަލާކުވަނީއެވެ. “މިހާރަކު ޕިސްޓާޗިއޯ ކާކަށް ވަގުތެއްނުވޭ މޮޔަވެސް ގޮވާ” ކަމަށް މުއިއްޒު ގާތުގައި އުޅޭ މީހަކު މަޖަލަކަށް ހަދާފައި ބުންޏެވެ. 

ކޯޓު ތެރެއިން ނުވެއްޖެ ނަމަ މުއިއްޒުގެ މަޖިލިހުން 65 އަހަރުގެ އުމުރު ކެޕް އަޅުވާނެކަމުގެ ބިރު ދައްކަން ފެށީއެވެ. ޔަހޫދީ އެޖެންޓު ދޭ ހަދިޔާ ތަކުން މިސަރުކާރު ކުރާނެ އެންމެ ބޮޑު އެއް މަސައްކަތަކީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި އެކު 65 އަހަރުގެ ކެޕް އެޅުވުމުގެ މަސައްކަތެވެ.

ދެން އޮތީ އޭރު ގޮވަމުން ދިޔަ 2.0 އެވެ. އިލެކްޓްރޯނިކް ވޯޓިންގ އެވެ. ބެކް އެންޑް ކޮންޓްރޯލް ކުރާނީ ރައީސް އޮފީސް ތެރޭގައި އިދެގެން ހޯމްލޭންޑް ވަޒީރެވެ. 

ގެއްލުން ތަކާއި މި ހާލަތުގައި އަނެއްކާވެސް ކުރިމަތިލާން ޖެހޭނީ ދިވެހި ރައްޔިތުންނެވެ. ރައްޔިތުން ތަހައްމަލު ކުރަނީ ވޭނާ އުނދަގުލުގައެވެ. ކުރިއަށް އޮތީ މާ ބޮޑު ބިޔަ މުސީބާތެކެވެ. 10-15 އަހަރުގެ ދުރުގައި ވަނީ ޔަހޫދީ މިނީ ސްޓޭޓެކެވެ. ސަރުކާރުގައި ތިބި މީހުންނަށް އެގެއެވެ. މިކަންކަމުން ސަލާމަތް ވާން އޮތީ އެންމެ ޗޮއިސް އެކެވެ. ވީއެންމެ އަވަހަކަށް މި ސަރުކާރު ގާނޫނުގެ ކުރިމައްޗަށް ނެރުމަށް ރައްޔިތުން އެކަތިގަނޑަކަށް ވުމެވެ. ލަސްވުންވެސް އިހުމާލަކަށް ވެދާނެއެވެ. ފަސްވެއްޖެ ނަމަ ދެން ޖެހޭނީ ކުކުޅު ހާލަށް ޖެހުނު ދަތުރެވެ. ހޭލާށެވެ. ދިވެހީންގެރާއްޖެ ޔަހޫދީ މިނީ ސްޓޭޓަކަށް ވިޔަ ނުދޭށެވެ. މުއިއްޒު ބޭނުމިއްޔާ ކިއްޕާ (ޔަހޫދީ ތޮފި) އަޅާށެވެ. ދިވެހީންގެ ބޮލުގައި ތިޔަ ތޮފި އަޅުވަން ނޫޅެށެވެ. މަގެ ދީނާ މަގެ ގައުމާ ނުކުޅޭށެވެ.

]]>
Sat, 10 Oct 2026 14:44:31 +0500 ހަވާ
މުއިއްޒު އަލަށްބާރު ހޯދައިގެން ޔަހޫދީންނަށް ހުޅުވާލުން https://heerasnews.com/4648 https://heerasnews.com/4648 ދިވެހިރާއްޖޭގެ ބަދަލުވި ހާލަތެވެ. މިއަދު ޔަހޫދީންނާއި ގުޅުން ބޮޑު މީހުން ރުއްސަން ޔަހޫދީންގެ ހުރި ރަގަޅު ސިފަތައް ދެނެގަންނަން މުއިއްޒު ގެ ޓީމުން ފޫގަޅައިފިއެވެ. މުއިއްޒުގެ މީޑިއާ ޕްރޮޕެގަންޑާ މެޝިންތަކުން ޔަހޫދީންގެ ހެޔޮކަމާއި ރަގަޅު ކަމާއި، މުސްލިމުންނަށް އިހުތިރާމް ކުރާ މިންވަރު އަދި ދިވެހި މުސްލިމުންނަށް ހެޔޮވާނެ މިންވަރު ބަހުސްތަކުގައި ހެޔޮވަރު ވަރަކަށް ދައްކަން ފެށީއެވެ. އިޒްރޭލު މީހުންނާއި ފަލަސްތީނު މުސްލިމުން އެއްހަމައެއް ނުކުރެވޭނެއެވެ.

އަލައްބާރަކީ އިޒުރޭލު މީހުންގެ ފަޅިއަށް ހާއްސަ ގުޅުންތަކެއް ގެންގުޅޭ މީހެކެވެ. ތައުރާތުގެ ޗާޕުގައި “މި ފޮތް ހާއްސަ ކުރެވިފައިވަނީ އަލައްބާރަށް އޭނާގެ ޝަރަފަށް ޓަކައި” ލިޔެ ކޮށްފައިވާ ޝުކުރުގެ ފަށުވި ލިޔުންތައް ދުނިޔޭގެ އެތަން މިތަނުގައި ހާއްސަކޮށް އިޒުރޭލުގައި އެބަހުއްޓެވެ. މިކަމުގެ ހަބަރުތައް މުޅި ދުނިޔޭގެ ހަބަރުތަކުގެ ސުރުހީތައް ޖަހައިގަތެވެ. 

އަލައްބާރު ހާމަކުރާ ގޮތުންނަމަ އޭނާވެސް ބަލައިގަންނަނީ އޭނާގެ ބައްޕަގެ ބަހެވެ. މުއިއްޒު އަމަލުކުރަނީ ބައްޕަގެ ފޮތަށް ކަމަށް އަމިއްލައަށް ބުނެފައިވެއެވެ. “ތިމާ ކައި ހަޑިކުރާ ތަށި ސާފު ކުރަންޖެހޭނީ އެމީހަކު، އެމީހެއްގެ އެނދު ރީތި ކުރަންޖެހޭނީ އެމީހަކު” އަދި “ގާޒާގެ މައްސަލައަކީ އެމީހުންގެ މައްސަލައެއް، އެކަން ހައްލު ކުރަން ޖެހޭނީ އެމީހުން އެއީ އަހަރުމެންނާއި ބެހޭ ކަމެއް ނޫން” އަލައްބާރު ބަސްދީގަތުމެއްގައި ބުނެފައިވާ ކަމަށް މީޑިއާތަކުގެ ރިޕޯޓްތަކުގައި ވެއެވެ.

*ތިމަންނާ މީ ވިޔަފާރިކުރާ މީހެއް. ސްޕޮންސަރ ދޭ މީހުންގެ ވިޔަފާރިތަކަށް ތިމަން އިސްކަމެއްދީގެން މަސައްކަތް ކުރާނަން” އިޒްރޭލްގެ ވިޔާރި ކުރާ މީހުންނާއި ގުޅޭ ގޮތުން ކުރި ސުވާލެއްގެ ޖަވާބުގައި ބުނެފައިވެއެވެ. އަދި ވަކިން ހާއްސަކޮށް “ޔަހޫދީންގެ ރަގަޅު ސިފަތައް ފެންނާނީ އެމީހުންނާއި އެކު ދިރިއުޅުނީމާ” އަލައްބާރު ބުނެފައިވެއެވެ.

ކީރިތި ގުރުއާނުގައި ޔަހޫދީނާއި ދުރުހެލި ވުމަށާއި އެމީހުންނަކީ އިތުބާރު ހިފޭނެ ބައެއް ނޫންކަމަށް އަންގަވާފައިވާ ކަމަށް ދީނީ ބައެއް ބޭބޭ ފުޅުން ބުނެފައިވެއެވެ. ފަހަރުގައި އެއީ ކުރީގެ ތަރުޖަމާއަކަށް އަދުގެ ދިވެހި ޕްރީޕެއިޑް ޝޭހުންނަށް ވެދާނެއެވެ. 

މުޅި ދިވެހި ދައުލަތް ހިމެނޭހެން މުޅި ސަރުކާރާއި ސަރުކާރުން މަހުކުލިދައްކާ ގަލަމާއި ދޫ ގަނެފައިވާ މީޑިއާތަކުން ޔަހޫދީންގެ ހިތްހެޔޮކަމާއި ރީތިކަން ދައްކާދޭން ގިނަ މަސައްކަތްތަކެއް ފަށައިފިއެވެ. ދިވެހިން މޮޔަހެއްދުމުގެ މުޅިން އައު ބާބެކެވެ.

މިއަދުގެ ވެރިމީހާ ކަޅު މުހައްމަދު ރަސްގެފާނާއި ސަގަރު ލުތުފީއާއި އަނދިރި އަނދިރީންނަށް ވުރެ ގޯހެވެ. ދުވަހަކުވެސް ދިވެހީންގެ ވެރިއަކު ނުކުޅޭ ކަމަކާއި ފާޅުގައި ކުޅެ ދިވެހީންގެ އަގީދާ ގުޑުވާލަނީ ނޫންބާވައެވެ. ސަރުކާރުގެ ވުޒާރާތަކާއި އެސްއޯއީތަކާއި މަޖިލިސް މެމްބަރުންނާއި ބޮޑެތި ވިޔަފާރިވެރީންވެސް އަދި ވަކީން ހާއްސަކޮށް އަދުގެ އިލްމު ވެރިންގެ ލަގަބު ނަގައިގެން ތިބި މީހުންނަށްވެސް މިއަދު ޔަހޫދީން މީރުވީއެވެ. އަލައްބާރުގެ ޔަހޫދީ ގުޅުންތައް އަދިއޭނާއަށް ޔަހޫދީންގެ ފަރާތުންލިބޭ އިނާޔަތްތަކަކީ އިންސާނިއްޔަތާއި ހަމަހަމަކަން ދެމެހެއްޓުމަށް ލިބޭ އެއްޗެއްސަށް ވެ ނިމެނީއެވެ. 

ދިވެހިރާއްޖެ އަދުން ފެށިގެން 20 އަހަރުކުރިއަށް ބަލާލަމާތޯއެވެ. މިއަދު މުއިއްޒުގެ އައުވާނުން ކުރާ ކަންކަމުގެ ނަތީޖާއާއި އެންމެ އަވަސްވެގެންވެސް ކުރިމަތި ލާނީ ގާތްގަނޑަކަށް އެހާ ހިސާބުގައެވެ. ދިވެހީން ފަހުރުވެރިވާ ދީން ނެތިދާނެއެވެ. ދިވެހީންގެ ތާރީހާއި ސަގާފަތް އޮޅިދާނެއެވެ. ހުރިހާ ޝުކުރެއް ހައްގުވާނީ މިއަދުގެ ސަރުކާރުގެ ވެރީންނާއި އޭނާގެ މަޖިލިސް މެމްބަރުންނަށެވެ.

މިއަދު މިފަދަ ޔަހޫދީ ވިސްނުންތައް ބާޒާރަށް ނެރި ވިއްކާވިއްކުމުގެ ޝިކާރަވެރީންނަށް ވާނީ މިއަދު މިވެރީން މިނިންމާ ނިންމުންތަކުގައި އެއްގޮތަކަށްވެސް ބައިވެރި ނުވާ ޖީލެކެވެ. އޭރު މުއިއްޒެއް ނުހުންނާނެއެވެ. އޭނާގެ ސަރުކާރެއްވެސް ނޯންނާނެއެވެ. އެހެންނަމަވެސް އޭނާގެ ނިންމުންތަކުގެ މޫ އޭރުވާނީ ލާފައެވެ. ޔަހޫދީ ސްޓޭޓެއް ދިވެހީންގެ ތެރޭގައި ވުން ގާތެވެ. މިނިންމުމުގެ ބައިވެރިންނަށް ނުވާން ދިވެހީން އަމާޒު ހިފާންވެއްޖެއެވެ.

 ގައުމިއްޔަތު މިނިސްޓްރީ އުވާލި ސަބަބު އެބަ ސާފުވެއެވެ. ދިވެހީން ހޭލާށެވެ. މާދަމާގެ ދަރީން ޔަހޫދީންނަށް ސަޖިދަ ކުރަން ޖެހުމުގެ ބައިވެރިންނަށް ނުވާށެވެ. އައްޔަސް އަނދިރިއަސް ޑޮލަރު ދޭނެ ކަމަށް ބުނާ ބުނުމަށް ނުހެއްލޭށެވެ. ރައްކާތެރި ވާށެވެ. ހޭލާށެވެ.

ދިވެހި ސިފައިންނާއި ފުލުހުން މި ގައުމަށް ގައްދާރު ނުވެ ބަސްބުނާށެވެ. އެއީ ތިޔަ އެންމެންގެ ޒިންމާއެކެވެ. ހެއްދެވިފަރާތް ގަންދީ ކުރި ހުވާގެ އަސާސްތައް ދަމަހައްޓާށެވެ. ދިވެހިރާއްޖެ ނަސްލީ ހަމަނުޖެހުމަކަށް ހުށަހަޅާން ފުރުސަތު ނުދޭށެވެ. ދިވެހީންގެ ގޮތުގައި ދިވެހީން ދިރިއުޅުނަދޭށެވެ. މި ރާއްޖެއަކަށް މުއިއްޒެއް ކާސިމެއް މުހިންމެއް ނޫނެވެ. ދިވެހިރާއްޖެ ދެމިއޮންނަން ޖެހޭނެއެވެ.

]]>
Fri, 09 Oct 2026 21:10:33 +0500 ހަވާ
ރާއްޖޭގެ އެއްވެސް ތަންކޮޅެއް ދެވަނަ ދުބާއީއަކަށް ވާކަށް ދިވެހިން ނޭދޭ https://heerasnews.com/4647 https://heerasnews.com/4647 ރަސްމާލެ ތަރައްގީ ކުރުމުގެ ގޮތުން ރަސްމާލޭގެ ހިއްކިބިމުން 500ހެކްޓަރުގެ ބިން، ޔޫއޭއީގެ މަހުޖަނު މުޙައްމަދުލް ޢައްބާރުގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ކުއްޔަށް ވިއްކާލުމާއި ގުޅޭގޮތުން ދިރާސާކޮށް ބެލިބެލުމުން، އެކަމުގައި އިންތިހާއަށް ކަންބޮޑުވާ އަދި ބިރުވެރިކަން ހުރި ކަންކަން ވަނީ ފާހަގަވެފައެވެ.

ފުރަތަމަ ކަމަކަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ މިއީ ހަމައެކަނި ސިޔާސީ ގޮތުން ދެކޮޅުވެގެން ނުވަތަ އެއްކޮޅުވެގެން އަޅުގަނޑުމެން ވަކިގޮތެއް ނިންމަން ޖެހޭ ކަމަކަށްވުރެ ނުރައްކާތެރިކަން ބޮޑު މައްސަލައެއް ކަމެވެ. އެހެނީ މިކަމުގެ އާޚިރު ނަތީޖާ ގުޅިފައިވަނީ އަޅުގަނޑުމެން 900 އަހަރުވަންދެން ދަމަހައްޓަމުން މިއައި އިސްލާމްކަމާއި މިޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމިއޮތުމާއި ގެއްލިދިއުމުގެ މައްޗަށް ކަމަށް ވާތީއެވެ.

ދެވަނަ ކަމަކަށް މިކަމަކީ ދުރު މުސްތަޤްބަލަށް ބަލާއިރު މިރާއްޖޭގައި މުސްލިމުން ނޫން ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، މިތަނުގެ ރަށްވެހިކަން ހޯދައި އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ކޮށޭ ދޮރަކަށް ވެގެން ހިނގައިދާނެކަމެކެވެ. އަދި އެތަނަށް އައިސް ވަޒަންވެރިވާ މުއްސަނދިންގެ ސަހަރުގެ ސަބަބުން، ދިވެހި މުސްލިމުން، ޚާއްޞަކޮށް ރަސްމާލޭގައި ދިރިއުޅޭ ދިވެހި ރައްޔިތުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެން ހިނގައިދާނޭ ކަމެކެވެ.

ތިންވަނަ ކަމަކަށް މިކަމަކީ މިރާއްޖޭގެ ބިމުން ބައެއް އަބަދުގެ އަބަދަށް (ނިމުމެއް ނުވާ 99 އަހަރަށް) ކާފަރުންގެ އަތްމައްޗަށް އަރާ، އަޅުގަނޑުމެނަށް ދުވަހަކުވެސް އަނބުރާ ނުލިބޭގޮތަށް ގެއްލިގެން ދިއުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެކަމެކެވެ.

ހަތަރުވަނަކަމަކަށް، މިމަޝްރޫޢު ޙަވާލުކޮށްފައިވާ މުޙައްމަދުލް ޢައްބާރުއާއި ޔަހޫދީ ޓެރަރިސްޓް ދައުލަތާއި އޮތް، އަޑިނޭނގޭ ގާތް ގުޅުމަކީ މިކަމާއި މެދު އިންތިހާއަށް ކަންބޮޑުވާންޖެހޭ އަނެއް ސަބަބެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށް ޒަޔަނިސްޓް ޔަހޫދީންގެ އެތައް ބައެއްގެ އަތް މައްޗަށް މިރާއްޖޭގެ ބައެއް ގޮސް އެމީހުންގެ ލާއިންސާނީ ޖަރީމާތަކާއި އަނިޔާވެރިކަމުގެ ޝިކާރައަކަށް އަޅުގަނޑުމެން ވުމަކީ ދުރުކަމެއް ނޫނެވެ.

ފަސްވަނަ ކަމަކަށް، މިފަދަ ޕްރޮޖެކްޓެއްގެ ސަބަބުން މިހާރު މިމުޖްތަމަޢުގައި ޢާއްމުވެފައި ނުވާ ވިޔާނުދާ ފާޙިޝް އެތައް މުންކަރާތްތައް ފެތުރި ޢާއްމުވެ މިފަސްގަނޑުގައި ކުރުމަށް މަގުފަހިވެގެން ދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

ދުބާއީއަކީ ކިތަންމެ ތަރައްގީވެ މުއްސަނދިވެފައިވާ ތަނެއް ކަމުގައި ވީނަމަވެސް މިދެންނެވި ހުރިހާ ނުބައިކަމެއް އެތަނަކަށް ޖަމާވެފައިވާ ތަނެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ މިއިސްލާމީ ފަސްގަނޑުން ކިތަންމެ ކުޑަޔަސް ނުވަތަ ބޮޑަސް، އެއްވެސް ތަންކޮޅެއް ދެވަނަ ދުބާއީ އަކަށް ވާކަށް އަޅުގަނޑުމެން ނޭދެމެވެ. 

މިއަދު ވެރިކަމުގައި ތިބި ބޭފުޅުން، މިހެން މިކަންކަން ނުވާނެ ކަމަށް ބުނެ، ޤާނޫނާއި ޤަވާއިދުތައް ހަދާނެ ކަމަށް ބުނި ނަމަވެސް އެއީ ޤަބޫލުކުރެވޭ ވާހަކަތަކެއް ނޫނެވެ. އެބޭފުޅުންނެއް 99 އަހަރު ކީއްކުރަންތޯއެވެ، ކުރިޔަށް އޮތް 10 އަހަރަށްވެސް ވެރިކަމުގައ ތިބެވޭނެ ކަމެއް ނޭނގެއެވެ. 

އަދި ކިއެއްހެއްޔެވެ. މިއީ މިރާއްޖެއަށް އެހެން ދީންތައް ގެނެސް، އެހެންދީން ތަކުގެ މީހުން ވަޒަންވެރިކުރުވަން ފޫގަޅައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ހުޅުވާލަދޭ ދޮރެކެވެ. މިދޮރު ހުޅުވާލައިފިނަމަ ލެއްޕުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ. އެހެންކަމުން ވެރިކަމަށް އަންނަ އެއްވެސް ފަރާތަކަށް މިކަން ކުރުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ.

މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެނަށް ވާޖިބުވެގެންވަނީ އަޅުގަނޑުމެންގެ ދީނާއި ބިން ޙިމާޔަތްކުރުމެވެ. ތަރައްގީއާއި ތަހުޛީބު ހޯދުމުގެ ނަމުގައި އިސްލާމްދީނާއި މުސްލިމުންގެ ބިންތައް ގުރުބާން ނުކުރެވޭނެއެވެ.

]]>
Fri, 09 Oct 2026 10:05:07 +0500 ހަވާ
ގޯހެއްގެ މަތިއަޅަން އިތުރު ބޮޑު ގޯހެއް https://heerasnews.com/4645 https://heerasnews.com/4645 ދިވެހިރާއްޖޭގެ ދުސްތޫރުގައި މީހަކު ހައްޔަރު ކުރުމުގެ އިޖުރާއަތްތަކެއް ކަނޑައަޅާފައިވެއެވެ. މީހަކު ހައްޔަރު ކުރަން ޖެހޭ ސަބަބުތަކެއްވެސް އެ ދުސްތޫރުގައި ކަނޑަ އަޅާފައިވެއެވެ. ދައުލަތުގެ މައްޗަށް އެ އިޖުރާއަތްތަކާއި އުސޫލުތައް ދެމެހެއްޓުމަކީ ލާޒިމު ކުރާކަމެކެވެ. އެ އިޖުރާއަތްތަކާއި ހިލާފަށް މީހަކު ހައްޔަރުކުރުމާއި ހައްޔަރުގައި ބެހެއްޓުމަކީ ގައިރުގާނޫނީ ކަމެކެވެ. އެކަން ވާނީ ފޯސްފުލް ޑިސެޕިއަރަންސް އެއްގެ ގޮތުގައި ކަމަށް ގާނޫނީ މާހިރުން ބުނެއެވެ.

ކުށްކުރުމުގެ އަމަލުތައް ގިނަ ނުވަތަ ކުށުގެ ކުޑަބޮޑު މިނަށް ބަލާފައި މީހުންނަށް މާފު ދިނުމާއި ނުދިނުން ހިމެނިފައިވާނީ އެކަމަށް ކަނޑައަޅާފައިވާ ގާނޫނު ތަކުގެ އަލީގައެވެ. އެކަންކަން ބެލެހެއްޓުމުގެ އެންމެ އިސް ޒިންމާ އެޅިފައިވަނީ ދައުލަފުގެ އެންމެ އިސް މީހާގެ ބޮލުގައެވެ. ކަންކަން ރަގަޅު ހެޔޮ މަގުގައި ނުވަތަ ރަނގަޅު ތަރުތީބެއްގައި ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ ވަނީ ރައީސް މީހާގެ ޒިންމާތަކުގެ ތެރެއިންނެވެ. އެ ކަންކަން ރަނގަަށް އިންތިޒާމު ވާންޖެހޭނެއެވެ. 

ޕެރޯލް ދިނުމަކީ ކުށްވެރި އަމަލުތައް ހިންގާ ފަރާތްތަކަށް އަލުން މުޖުތަމައުގައި ޖަމާއަތެއްގެ ގޮތުގައި އުޅުމަށް ދެވޭ ފުރުސަތެވެ. އެކަން ކުރެވޭނީ އެ ފުރުސަތުތައް ދިނުމަށް ކަނޑައަޅާ ވަކި ނިޒާމެއްގެ ތެރެއިންނެވެ. ވަކި ބައެއްގެ ބެލުމުގެ ދަށުންނެވެ. ކޮންމެ ތަރުތީބެއް ނަމަވެސް ކަނޑަ އަޅާފައިވާ އުސޫލުތަކުގެ ތެރެއިން މީހުން މިނިވަން ވުމުގެ ފުރުސަތު އާންމުކޮށް ލިބިފައިވާން ޖެހޭނެއެވެ.

ޕެރޯލްގެ ކަންކަން ވިލަރެސް ކުރުމަށް ވުޒާރާއެއް ކަނޑައަޅާފައިވެއެވެ. ޕޮލިހާއި ކަރެކްޝަނާއި އެޓާނީ ޖެނެރަލާއި ހެލްތު މިނިސްޓްރީއާއި އެޑިއުކޭޝަނާއި އިސްލާމިކް އެފެއަރސްއާއި ސިއްހީ މާހިރެއް ހިމެނޭހެން ކޮންމެ އިދާރާއެއް ތަމްސީލު ކުރާ މީހަކު ހިމެނޭ ގޮތަށް ދިވެހި ދައުލަގުގެ ޕެރޯލް ބޯޑުވަނީ އެކުލަވާލާފައެވެ. އަދި ހަމަ އެފަދައިން އެ ބޯޑަށް ދޭން ޖެހޭ ލަފައާއި މަޝްވަރާ އަދި ސުޕަވައިޒްކުރުމުގެ ޒިންމާދާރު ވެރިއަކީ ހޯމް މިނިސްޓަރެވެ. އެހެން ކަމުން ނިޒާމުގެ ތެރެއިން ގޯސްތަކެއް ހިނގާފައިވާނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ފަރާތަކަށް ހޯމް މިނިސްޓަރު ވާނެއެވެ.

މިފަހަރުވެސް މިވީ އެދަފަ ކަމެކެވެ. ޕެރޯލުން މީހަކު މިނިވަން ކުރީއެވެ. އޭނާ އާއިލާއާއި އެކު ވަގުތު ހޭދަކުރަމުން ދަނިކޮށް ބަޔަކު މީހުން ހެދި ގޯހަކުން އެމީހާގެ މިނިވަންކަން އަލުން ދައުލަތުން ނިގުޅައިގަތީއެވެ. ޕެރޯލް ނިޒާމުގެ ތެރޭގައި ގޯހެއް ހުރިނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުގެ ވެރިންނެވެ. ހޯމް މިނިސްޓަރެވެ. ރައީސުލް ޖުމްހޫރިއްޔާއެވެ. މިނިވަންވީ މީހާއެއް ނޫނެވެ.

ރާއްޖެއަށް ޑްރަގު އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބުވެސް ދޭން ވީއެވެ. އެކަންކޮށްގެންވިޔަސް ރާއްޖެ ޑަރަގުން ސަލާމަތް ކުރަން ޖެހެއެވެ. ދިވެހީންގެ މުސްތަގުބަލަށް ޓަކައެވެ. ދަރީންގެ މުސްތަގުބަލަށެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް އުސޫލެއް ނިޒާމެއް އޮންނަން ވާނެއެވެ.

މީހަކު މިނިވަން ވުމަށް ފަހު އަލުން ހައްޔަރު ކުރަންވާނީ މިނިވަން ކުރީ ޝަރުތު ތަކަކާއި އެކު ކަމުގައިވާނަމަ އެ ޝަރުތުތަކާއި ހިލާފު ވުމުންނެވެ. ނުވަތަ އިތުރު ކުށެއްކޮށްގެންނެވެ. ކުށަކާ ނުލާ ނުވަތަ ޝަރުތަކާއި ހިލާފުނުވެ ހުއްޓާ ހައްޔަރު ކުރުމަކީ ގާނޫނީ ކުށެކެވެ. ގާނޫނު އަސާސީއާއި ގާނޫނުތައް ތަންދޭ ކަމެއް ނޫނެވެ. އަދި އެފަދަ ކަމަކަށް ބާރު ދިނުމަކީވެސް ކުށެކެވެ.

ގާނޫނު އަސާސީ ބުނަނީ ގައިރު ގާނޫނީ އަމުރެއް ކޮށްގެން ނުވާނެކަމެވެ. އަދި ގައިރު ގާނޫނީ އަމުރަކަށް ކިޔަމަންވެސް ވެގެން ނުވާނެކަމެވެ. ދައުލަތުގެ ގޯހަކުން ނުވަތަ އިހުމާލުން ހިނގާ ގޯސްތަކުގެ ޝިކާރަވެރިއަކީ ރައްޔިތަކަށް ވެގެން ނުވާނެއެވެ. އެ އީ އަދި މާބޮޑު ގޯހެކެވެ. އެފަދަ ކަމެއްގެ ނަތީޖާއަކީ ދައުލަތް އަޑީގައި އޮވެގެން މީހަކު ނިޒާމުން ގެއްލުވާލުމެވެ.

]]>
Thu, 08 Oct 2026 04:30:44 +0500 ހަވާ
ކުށްކޮށްގެން ހޯދާ މުދާ ނެގުމުގެ ބިލް | އަމިއްލައަށް ކަރަށް ފައްތާ މަޅިއެއް https://heerasnews.com/4643 https://heerasnews.com/4643 ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ ބިލަކީ މި ސަރުކާރުން އަމިއްލައަށް ކަރަށް ފައްތާ މަޅިއެކެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު އަތުގައި ޕެނަޑޯލް ގުޅައެއް ގަނެވޭނެ ވަރު ނެތް މީހުން މަދެއް ނުވާނެއެވެ. މަޖިލިސް ރައީސް އަކީ އަތުގައި އަޅާ ގަޑިތަކާއި އަނގޮޓި ވިއްކަން އުޅުނު މީހެއްކަން ދަންނަ މީހުން މަދެއް ނުވާނެއެވެ. ދަރީގެ ޓިއުޝަން ފައިސާ ހަމަނުވެގެން އެކިމީހުންގާތު އާދޭސްކޮށް ހެދި މީހުންވެސް މަދެއް ނުވާނެއެވެ. ދިމްޔާތަކީވެސް ނުހައްގު މުއްސަނދި ކަމެކެވެ. އަދި ހުޅުމާލޭގައި ހުރި ރޯ ހައުސް އަކީވެސް ނުހައްގު މުއްސަނދި ކަމުގެ ނަމޫނާއެކެވެ. ގެއިން ބޭރަށް ނިކުމެއްޖެއްޔާ ކޮފީތައްޓަކަށް ދައްކާނެ ފައިސާ އަތުގައި ނެތިގެން ގެއިން ނުނިކުމެ ގޭގައި އަމިއްލައަށް ބަންދުވެގެން ތިބި މީހުންވެސް މަދެއް ނުވާނެއެވެ. 

ހާލަތު ބަދަލުވެ މިއަދު އެ މީހުންނަކީ މުއްސަނދި މަހުޖަނުންނެވެ. އިރާދަކުރެއްވިއްޔާ ތިޔަ ފާސްކުރަން އުޅެނީ ފިސާރި ގާނޫނެކެވެ. ފަސޭހަ ކަމާއި އެކު އެފުށް މިފުށް ހޯދާލާ މުޅި މާލިއްޔާ އެކުގައި ދައުލަތަށް ނަގަން ވާނެއެވެ. މާތް ރަސްކަލާންގެ އިރާދަ ކުރެއްވިއްޔާ މިއަދުގެ ސަރުކާރަކަށް ދެވަނަ ދައުރެއް ނުލިބޭނެއެވެ. ދިމަޔާތުގައި ބޭރުގެ އެކި ކަރަތަކުން ސިހުރު ހަދާމީހުންގެ ބޮޑު ގާފިލާއެއް ގެނަޔަސް ހުރިހާ ރައްޔިތުންގެ ހިތްތަކެއް ބަދަލެއް ނުކުރެވޭނެއެވެ.

ތިޔަ ފާސްކުރާ ބިލުގެ ބޭނުން އެންމެ ރަގަޅަށް ހިފާނެ ކަމަށް ބެލެވެނީ ދެން އަންނަ ސަރުކާރަކުންނެވެ. އިސްލާމް ދީނުގައިވާގޮތަށް އަތްފައި ބުރިކުރާނަމަ ގޮއް މަސްބުރިއެކޭ ތަފާތެއް ނުވާނެ މިންވަރުގެ ވައްކަން ކޮށް ނުހައްގު މުއްސަނދިކަން ހޯދާފައިވާ މީހުންގެ އަދަދު މަދެއް ނުވާނެއެވެ. ގޯނިގޯނީގައި ފައިސާ އުފުލިކަމަށް އިއުތިރާފުވި މީހުންގެ މާލިއްޔާވެސް ހޯދާބެލޭނެތާއެވެ. ކޯޓާ ވިއްކައިގެން ވިޔަފާރި ކުންފުނިތަކަށް ބައިއެޅި މީހުންގެ މައްސަލަވެސް ބެލޭނެއެވެ. ދެތިން މަސް ދުވަހުގެ ތެރޭގައި މާލޭގައި ކެފޭ ރެސްޓޯރަންޓު ހުޅުވި މީހުންގެ މައްސަލަވެސް ބެލޭނެއެވެ. މުއިއްޒުގެ އިސްނެގުމާއި ދުރުވިސްނުމުން ގާތުގައި އުޅުނު އެންމެން އޭނާގެ ބައިވެރިންގެ ގޮތުގައި އޭނާއާއި އެކު ޖަލުގައި އިނދެ މާލިއްޔާ ހުސްކޮށްލާނެ ގޮތެއް ހޯދާ އެވެރިންނަށް ލަނޑެއް ދޭން ނިންމީއެވެ. 

ދައުލަތުގެ މިނިސްޓަރުންނާއި، މިނިސްޓަރުންގެ ފެންވަރުގެ ވަޒީފާ ތަކުގައި އުޅޭމީހުންނާއި، ސިޔާސީ މީހުންނާއި ކުންފުނިތަކުގެ އެމްޑީއިންނާއި ސިޔާސީ މަތިފަޑީގައި ހަޑިނުއުގުޅޭ މީހަކު ނުހުންނާނެއެވެ. މިނިވަން ބައެއް މުވައްސަސާތަކުގައިވެސް އެ ބައި ގިނަވެ އިތުރެވެ. ޓީވީ ސްޓޭޝަންތައް މުއައްސަސާތަކުގެ ފައިސާއިން ގަނެދިން މީހުންވެސަ އެބަތިއްބެވެ. ފިހާރަތައް ހުޅުވި މީހުންވެސް އެބަތިއްބެވެ. ނުއަގުގައި ތަންތަން މީހުންނަށް ވިއްކާ ހިލޭ ދިންދިނުމުގެ މުގާބިލުގައި ލިބުނު ހަދިޔާއަކީވެސް ނުހައްގު މަންފާއެވެ.

އަމިއްލައަށް ހިންގަން ބިންކަނޑާ ދައުލަތުގެ ޕްރޮޖެކްޓްތަކުގެ ތެރެއިން ސަރުކާރުގެ ކޮންސްޓަރަކްޝަން ކުންފުނިތައް މެދުވެރިކޮށް އިމާރާތް ކުރާ ކުރުންވެސް ގާނޫނު ތެރެއަށް ވައްދާންވާނެއެވެ. ވާދަވެރިކަން ނެތް ގޮތަށް ހަވާލު ކުރެވިފައިވާ ތަންތަން ލިބުނު މީހުންނާއި ހަވާލު ކުރި މީހުންވެސް މި ގިންތީގައި ހިމެނެން ވާނެއެވެ. ގާނޫނުތެރޭގައި ހައްލު ނެތިއްޔާ މިހާރެކޭ އެއްގޮތަށް އެހެންނަމަވެސް ކިޔާފައި މިހާރުވެސް ހުކުމް އިއްވަނީތާއެވެ. ދެން ވެސް އެކަން ކުރެވޭނެއެވެ.

އިރާދަ ކުރެއްވިއްޔާ 2029 ވާނީ މިއަދުގެ ސިޔާސީ މަގާމުތަކުގެ ގިނަ ބަޔަކަށް ނުރައްކާތެރި އަހަރަކަށެވެ. މިއަދުގެ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނާއި މިނިވަން މުވައްސަސާތަކުގައި ތިބި މީހުންނާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ގާނޫނުތައް އަރާ ހަމަކުރާނެއެވެ. މި ރާއްޖެއިން ޔަހޫދީން ފިލާދާނެއެވެ. އަދި ޔަހޫދީ ވިސްނުމަށް ފުރުސަތުނެތްކަން ދިވެހީން ހާމަކޮށްދޭނެއެވެ.

]]>
Wed, 07 Oct 2026 10:00:14 +0500 ހަވާ
އަބުޗާ ދޫކޮށްލީ ދުރާލާ ރޭވިގެން | އަލުން ހައްޔަރުކުރީ ޕްރެޝަރަށް! https://heerasnews.com/4642 https://heerasnews.com/4642 ޑްރަގްގެ ބޮޑެއް ކަމުގައިވާ އަބްދުއްލާ ރަޝީދު (އަބުޗާ) މިނިވަންވީ ސަރުކާރުގެ ތެރެއިން ބައެއްގެ ބައިވެރި ވުމާއިއެކު ކަމުގައި ބުނުމުގެ ފުރުސަތު ބޮޑެވެ. ވިސްލް ބްލޯވަރުންތަކެއް މީސްމީޑިއާގައި ފުޅާދާއިރާއެއްގައި މީގެ ދުވަސްތަކެއް ކުރިން މިނިސްޓަރު އިހުސާނު މި އަބުޗާ މިނިވަން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މި ކަމަކީ ކެމްޕެއިންތެރޭގައި ވީ ވައުދެއްކަމަށް ވެސް ބުނެފަވެއެވެ. ޕެރޯލްބޯޑުން ފާސްކުރާ ކަންކަން ތަންފީޒު ކުރަނީވެސް އިހުސާނު ކަމަށް މީހުން އޭރު ގޮވަމުން ދިޔައެވެ. ޕެރޯލަށް ހުށަހަޅާ މީހުން ކަނޑައަޅަނީވެސް ވަކި ނިޒާމެއްގެ ތެރެއިންކަމާއި ގިނަފަހަރު ރައީސްގެ ހިއްސާއެއް މިކަމުގައި ވާނެ ކަމަށް މީހުން ބުނަމުންދިޔައެވެ. 

މިފަހަރު މިވީ ޕެރޯލްބޯޑުން ބޮޑު ގޯހެއް ހެދީ ކަމަށެވެ. ޕެރޯލްގައި ތިބެނީ އެކިއެކި މުއައްސަސާތަކަށް ނިސްބަތްވާ މެމްބަރުންނެވެ. ކަރެކްޝަނާއި ޕޮލިހާއި އެތަން މިތަނުން މީހުން ތިބެއެވެ. މި ވަރުގެ ކަމެއް ނިމިގެންދާއިރު އިހުސާނާއި މުއިއްޒަށް ނޭގޭނެ ކަމަށް ގަބޫލު ކުރުމަކީ އިންސާނީ ބުއްދިއަށް ގަބޫލު ކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ. އެހެނީ ތަންތަނުގެ ވަޒީފާތަކުން ވަކި ކުރާ އެންމެންގެ ވަނަވަރު މުއިއްޒު ބަލާކަމަށް ބުނާތީއެވެ.

ވަޒީފާތަކުގައި ތިބޭ މީހުންގެ އާއިލާތަކުން މީހަކު ޕީއެންސީ ދޫކޮށް އެހެން ޕާޓީއަކަށް ވަތްނަމަވެސް އެ މުވައްޒަފަކަށް އިންޒާރު އާދެއެވެ. ސަރުކާރުގެ އިދާރާއަކުން ފަންސާސް ލާރި ހޭދަކުރަން ޖެހުނަސް މުއިއްޒު ބަލައެވެ. ފަހަރުގައި އޭނާއަށް ލިބޭނެ މިންވަރު މަދުވެދާނެތީއެވެ. މި ބުނަނީ މި ކަމަކީ ރޭވިގެން ހިނގާފައިވާ ކަމެކޭ ބުނުމުގެ ފުރުސަތު ބޮޑުވާހަކައެވެ. 

އަބުޗާ މިނިވަންވީ ޕެރޯލް ބޯޑުން ކަމަށްވާނަމަ އޭނާގެ ފަރާތުން އިތުރު ކުށެއް ނުފެނި ހައްޔަރު ކުރުމަކީ މުޅީން އެހެން މައްސަލައެކެވެ. ޕެރޯލް ބޯޑުގެ ނިޒާމުތަކުގެ ތެރެއިން މިނިވަންވާ މީހަކު އަލުން ހައްޔަރު ކުރުމަކީ ސަރުކާރުން ކަނޑައެޅި ޕެރޯލްބޯޑުގެ ބޭނުން ކެނޑޭނެ ކަމަކަށް ވުމެވެ. ސަފުކާރަށް ފެނިއްޖެ ނަމަ ދޫކުރެވި އަދި ހައްޔަރު ކުރެވިދާނެ ކަމަށް ބުނުމެވެ. މިއީ އަބުޗާ މިނިވަން ކުރަން ގޮވާލާ ގޮވާލުމެއް ނޫނެވެ.

ގާނޫނާ ހިލާފަށް އަބުޗާ މިނިވަންކުރުމަށް ނިންމި ޕެރޯލް ބޯޑުގައި ތިބި މެންބަރުންގެ ނަންތަން އާއްމު ނުކުރުމުން އޭގައި މަތިފަޑީގެ ބޮޑު ރޭވުމެއް އޮތްކަމަށް ގަބޫލުކުރެވެއެވެ. ގާނޫނާއި ހިލާފަށް ބޮޑު ކުއްވެރިއަކު ދޫކޮށްލަން ނިންމި މީހުންނަށް ފިޔަވަޅުނަޅާ ނުބައި ނިޔަތެއްގައި ކުރިކަމެއް ނޫނޭ ދާހިލީ ވަޒީރު ބުނުމުން އަބުޗާ ދޫކޮށްލުމުގައި ވަޒީރުގެ މަސްލަހަތު އޮތްކަން ވަރަށް ސާފެވެ. 

ރައްޔިތުންގެ ތެރޭގައި ޕްރެޝަރ ބޮޑުވުމުން އަނބުރާ ހައްޔަރުކުރުމަކުން ގާނޫނާ ހިލާފުވުމުގައި މައްޗެއް ނޭޅޭނެއެވެ. ރަނގަޅަށް ވިއްޔާ އަބުޗާ ދޫކޮށްލަން ނިންމިކަން ޕެރޯލް ބޯޑުގައި ތިބި ގިނަ މެންބަރުންނަށް ނުވެސް އެނގޭނެއެވެ. ކަމެއް ކުރަންވެއްޖެއްޔާ އިހުސާނުމެން ކޮށްފާ ނުކުރާނެ ކަމެއް ނުއޮންނާނެކަން އައިޑީކާޑުން ކުރި ވައްކަމުން އެކަނިވެސް އެނގޭނެއެވެ.

ޑްރަގުގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަކީވެސް މި ސަރުކާރުގެ ވިސްނުމެއް ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައި މިހާ ގިނަ އަދަދެއްގެ ޑްރަގު އެތެރެ ކުރި މީހަކު ނިޒާމުގެ ތެރެއިން މިނިވަން ވުމަކީ ކަންބޮޑުވުމެކެވެ. މި ފަހަކަށް އައިސް އާންމު ރައްޔިތުންނަށް ކުރެވޭ އިހުސާސަކީ މި ގައުމުގެ ކަންކަން ކުރަން ތިބެންވީ ގޭންގް ސަޓާރުންނާއި ސިޔާސީ މީހުންނެވެ.

އާންމު ރައްޔިތަކަށް ފުރުސަތެއް މިސަރުކާރުގައި ނެތެވެ. ސިޔާސީ މީހަކާ ގުޅުމެއް ނެތް މީހަކަށް އާސަންދައެއް ނުލިބެއެވެ. ގޭންގު މީހަކަށް ނޫނީ ލޯނެއް ނުލިބެއެވެ. މި ހާލަތުން ދިވެހިން މިންޖުވާން ޖެހެއެވެ.

]]>
Wed, 07 Oct 2026 01:00:23 +0500 ހަވާ
މާލޭ ފަތާ ސަރަހައްދުގައި ނަޖިސް | ސަރުކާރުން އަޅައެއްނުލި https://heerasnews.com/4641 https://heerasnews.com/4641 މާލޭގެ ދެކުނު ފަރާތު ފަތާ ސަރަހައްދަށް ނަޖިސް ވަންނާތީ ފެތުމުގެ ފަރިތަކުރުންތައް މެދު ކަނޑާލައިފިއެވެ. ހުޅުމާލޭގައި ރައީސް ޔާމީން އަޅާދިން ސްވިމިންގ ޕޫލުގައި ފަރިތަ ކުރެވެނީ މަދު ކުދިން ކޮޅަކަށެވެ. ރާއްޖޭގައި އިތުރު ޕޫލެއް އަދި އިތުރު ވެރިޔަކު އަޅާ ނުދެއެވެ.

ބޮޑު ޕޫލު އަޅާތާ 8 އަހަރުވަނީ އެވެ. ފުރަތަމަ މާލޭގެ ކުރީގެ ކުނި ގޮނޑުގައެވެ. ފަހުން ހުޅުމާލޭގައެވެ. މިއަހަރުގެ ޑިސެމްބަރަށް އައު ޕޫލް ނިންމޭތޯ އެސޯސިއޭޝަނުން މަސައްކަތް އެބަކުރެއެވެ. އެހެން ނަމަވެސް މަސައްކަތުގެ ސްޕީޑެއް ނެތެވެ. މަސައްކަތުގައި އުޅެނީ ބަންގްލަދޭޝްގެ ދެތިން މީހުންނެވެ. ޕޫލް ނިމިއްޖެއްޔާ ޝުކުރެވެ. 

މިއަދުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ އެތަށް ސަތޭކަ ކުއްޖެއް ފަތަން ފަރިތަކުރަން ދާ ތަނުގެ މޫދުގައި ބޮޑެތި ނަޖިސް ފޯލިތައް އެނބުރޭ މަންޒަރު އަދުގެ ސަރުކާރަށް ނުފެންނާތީއެވެ. ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ބައިވެރިވެ ބައެއް ކުދިން ވަނަވަނަ ހޯދައެވެ. ކޮންމެ އަހަރަކު ގައުމީ ރެކޯޑްތައް އައު ކުރެއެވެ. ސަރުކާރުން އެކަންކަން ފާހަގަ ކުރެއެވެ. އެކަމުގެ މެޑެލް ސަރުކާރުން ޖަހައެވެ.

މައިން ބަފައިންނާއި ފަތާ ކޯޗުން ބުރަ މަސައްކަތުން އުފައްދާ ކުއްޖާގެ ކުރިމަގަށް ސަރުކާރަކުން އަޅައެއް ނުލައެވެ. މައިންބަފައިން ބޮޑެތި ހަރަދުކޮށްގެން ބަންދު ތަކުގައި ފެތުންތެރިން ރާއްޖެއިން ބޭރުގައި ތަމްރީނު ކުރަނީއެވެ. ސަރުކާރަކަށް ނުވެސް އެގެއެވެ. ސަރުކާރުގެ ހިއްސާއެއް ނެތެވެ. ސަރުކާރަށް ވަރިހަމައެވެ. 

މާލޭގެ ދެކުނު ފަތާ ސަރަހައްދުގެ ޕްލެޓްފޯމް ހަލާކުވީމާ އެކަން ހައްލު ކުރަނީ ފަތާ ކޯޗުން ޗަންދާ ނަގައިގެން އެއްކުރާ ކުޑަ ލާރި ކޮޅަކުންނެވެ. ތަން ސާފުކުރަނީ ކޯޗުން ބައިވެރިވެގެން ފަތާ ކުދިންގެ ބެލެނިވެރިންނާއި އެކުގައެވެ. އެކަމަކު ނަޖިސް ބުރިބުރި އަނގަޔަށް ވަންނަން ފެށީމާ ކުރެވޭނެ ކަމެއް ނެތެވެ.

ސަރުކާރުގެ ވަޒީރު އަޅައެއް ނުލައެވެ. ކުރެވޭނެ ކަމެއް އޮތްކަމަކަށް ނުވެއެވެ. 2023 ގެ ފަހުން އަބަދުވެސް ބުނަނީ ބަޖެޓުކޮށްފައި ނުވާ ކަމަށެވެ. އެންމެ ފަސޭހަ ކަމާއި އެކު ސަރުކާރުން ބުނަނީ އެސޯސިއޭޝަން ކަމެއް ކަމަށެވެ.

ކޮންމެ ބަޔަކު ކުރިނަމަވެސް ސަރުކާރުގެ ހިއްސާ ނެތިއްޔާ މި ރާއްޖެއަކަށް ރައީސަކު ބޭނުމެއް ނުވެއެވެ. މި ރާއްޖެ ރައީސަކު ނުލާ ހިންގޭނެއެވެ. ވަޒީރުން ނުލާ ހިންގޭނެއެވެ. ހަވާލުވާނެ މީހަކު ނެތިއްޔާ އަމިއްލައަށް ވިސްނިގެން އިސްތިއުފާ ދިނުން ބުއްދިވެރި ވާނެއެވެ.

]]>
Tue, 06 Oct 2026 23:47:13 +0500 ހަވާ
މުއިއްޒު ބަލަމުންދަނީ ވެރިކަމަށްފަހު ހަމަޖެހިލެވޭނެ ގޮތެއް ހޯދަން https://heerasnews.com/4640 https://heerasnews.com/4640 އިއްތިފާގެކެވެ. ކެފޭއެއްގެ ތެރޭގައި ތިބި ބައެކެވެ. އޭގެން އެކަކަކީ މުއިއްޒުގެ މަޖިލިސް މެމްބަރެކެވެ. ސައިބޯން އިނދެ ދައްކަން ފެށި ވާހަކައެކެވެ. ގަބޫލު ކުރެވޭ ގޮތުން އެ މަޖިލިސް މެމްބަރުގެ ދާއިރާގެ ބައެކެވެ. ރީތިކޮން ސައިޒަށް ތިރި ކުރީއެވެ. މެމްބަރަށް އިރުއިރުކޮޅާ ފޯނެއް އަންނަކަމަށް ހެދިއެވެ. އޭނާގެ ދާއިރާގެ ރައްޔިތުން ދައްކާ ވާހަކަ ހަޖަމުކުރަން ދަތިވި ކަހަލައެވެ.

މައިގަނޑު ދެތިން ވާހަކައެކެވެ. މެމްބަރުން އިތުރު ކުރާނީ ކިހިނެތްހެއްޔެވެ. ވަޒީފާއިން ވަކިކުރާ ވާހަކައެވެ. އަދި ރައްޔިތުން ޔަހޫދީ ކުރަން ސަރުކާރުން ކުރާ ކަންކަން ނިމުމަކަށް ގެންނަން ގޮވާލުމެވެ. ރަށު ރައްޔިތުން މުއީޒާ ދުރުވާން ފެށި ވާހަކައެވެ. 

ރަށްރަށުން މީހުންވަޒީފާއިން ވަކިކުރަނީ ހަރަދު ކުޑަ ކުރަން ކަމަށް ބުނެއެވެ. ނަމަވެސް ވަޒީފާއަށް މީހުންނަގާ ވަރުން ނަގާކަން ރަށު ރައްޔިތުންނަށް އެގެއެވެ. މިވަރުން ވަޒީފާއިން ވަކިކުރި މީހުން ކައިރީ ބުނާނީ ކީކޭ ހެއްޔެވެ؟ ރަށުގައި ޕީއެންސީއަށް ވަންނަން މީހަކު ބޭނުމެއް ނުވެއެވެ. ވަޒީފާގެ ބިރަށް ތިބޭ ބަޔަކު ޕާޓީގައި ތިބީއެވެ.

“އަހަރުން ތިމާގެ މީހުންނަކަށްވެސް މިނިވަން ކަމެއް ނެތެވެ. އެމީހުންގެ އާއިލާ ކޮންމެވެސް މީހަކު ވަޒީފާގައި ކުޑަ މުސާރައަކަށް އުޅޭ ވާހަކަ އާއި ކަންބޮޑުވުން އެބައޮތް” އެ މީހުން ބުނަމުން ދިޔައެވެ. މިހާރު އެ އުޅެނީ މިރާއްޖޭގައި ބޭރު މީހުން ވަޒަންވެރި ކުރުވާށެވެ. އެ މީހުންގެ ތެރޭގައި ގިނަވާނީ ގައިރު ދީން ތަކުގެ މީހުންނެވެ.

ޔަހޫދީންނާއި ގުޅުން އޮތް މީހަކަށް ރަސްމާލެ ދިނީމާ އެތަނުގައި ދެން އުޅޭނީ ޔަހޫދީން ނެވެ. އެތަން ބަދަލުވާނީ ޔަހޫދީ ކޮމިއުނިޓީއަކަށެވެ. މި ވާހަކަތަކަށް ދޭނެ ޖަވާބެއް އަހަރުމެންގެ އަތަކު ނެތެވެ. މެމްބަރު ބުނާތީ އިވުނެވެ. ތިޔަ ހުރިހާ ވާހަކައަކަށް ތާއީދެވެ. ޖަވާބެއް ނެތެވެ. 

“މި ރާއްޖޭގައި މުއިއްޒަކަށް އިތުރު ވެރިކަމުގެ ދައުރެއް ނުލިބޭނެއެވެ.” މެމްބަރު ބުންޏެވެ. ތިޔަރަށް އެކަންޏެއް ނޫނެވެ. ހުރިހާ ރަށެއްގައިވެސް މީހުން އުޅެނީ ތިޔަބުނާ ގޮތަށެވެ. “ރައީސް މިހާރު ބަލަމުން އެދަނީ މި ވެރިކަން ނިންމާ ހަމަޖެހިލައިގެން އުޅެވޭނެ ގޮތެއް ހޯދާށެވެ. ވެރިކަމުގެ އިތުރު ދައުރެއް ނުލިބޭނެކަން ރައީސް ގަބޫލު ކުރެއެވެ.

އެހެންވެ އެންމެ ފުރަތަމަ ބެލީ ޔާމީނަށް ހުކުމެއް ކުރާށެވެ. އެކަން ކޮށްގެން ލިބޭނެ ގެއްލުން އަދި މާބޮޑުވާނެ ކަމަށް އަހަރުމެން ތެރެއިން އެތަށް ބަޔަކު ބުނެފިއެވެ. ފަހަރެއްގައި 65 އަހަރުގެ ބިލު މަޖިލިހަށް މިއަންނަ އަހަރު ވައްދާނެއެވެ. އޭރުން ރައީސް ސަލާމަތް ކުރުމުގެ ކުޑަ ފުރުސަތެއް އެބައޮތެވެ.” އެ މެމްބަރު ބުންޏެވެ. އެ ރަށުމީހާ ބުނާތީ އިވުނެވެ.

“ތިޔައިގެ ތެރެއިން އެންމެ ކަމަކުންވެސް މުއިއްޒު ސަލާމަތެއް ނުވާނެއެވެ. އެމްޑީޕީ ވެރިކަން ފަސޭހަ ކަމާއިއެކު ޔާމީނަށް ކުރިމަތި ނުލެވިއްޖެއްޔާ ނަގާނެ” އެ މެމްބަރު ތިޔައީ ތެދެކޭ ބުނެ އަދި ފަހުން ކޮފީއަކަށް ގުޅާނަމޭ ބުނެ ދިޔައީއެވެ. މުޅި ސަރުކާރާއި ދައުލަތުގެ އަމާޒަކީ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭނެ ގޮތް ހެދުމެވެ. އެކަމަށް މުއިއްޒު ބޭނުންވާކަން ޕީއެންސީގެ މީޑިއާ ބޮޓުންނާއި ސަރުކާރުގެ ބޮޓުން ގޮވަމުންދަނީ އެ ވާހަކަތައް ފުޅާ ދާއިރާއެއްގައި ދެކެވޭތީއެވެ.

ޝައްކެއްވެސް ނެތެވެ. ރައީސަކު ފިނޑިވާނީ މިވަރަށެވެ. ވާދަވެރިއަކާއި ވާދަކޮށްލަން ނުކެރެއެވެ. ދޮގުމައްޗަށް ހަދަނީ ދޮގެވެ. ދިވެހި މައިންބަފައިން މިއަދު ދަރީންގާތުގައި ދޮގު ނުހަދާން ބުނަން ލަދު ގަނެއެވެ. ދަރިފުޅު ބުނާތީއެވެ. “ބައްޕިގެ ރައީސަކީވެސް ބިގުކޮށް ދޮގުހަދާ މީހެއް”

]]>
Tue, 06 Oct 2026 12:25:16 +0500 ހަވާ
ފޮށި ތަންމަތި ބަނދެގެން އަވަހަށް ފިލޭތޯ ބަލާ https://heerasnews.com/4636 https://heerasnews.com/4636 އަމީނީމަގު ހުޅުވާލީމަ ވާނެ ފަސޭހަ އިހުސާސްކޮށްލަން ދިއުމުން ފެނުނީ މާޔޫސް ކަމެވެ. މަގު އޮތީ ކުރީން އާންމުކޮށް މާލޭގައި ރައްޔިތުން ކިޔާ ގޮތަށް މުއިޒުވެފައެވެ. އަމީނީމަގުގެ ހަދާ ނިމުނު ކަމަށް އިއުލާނުކޮށް 04/10/2026 ވީ އާދީއްތަ ދުވަހު ހުޅުވިކަމަށް ބުނާ އަމީނީމަގަކީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި ކުރީގެ ހައުސިން މިނިސްޓްރީއާއި ހަމަޔަށް ޒަމާނީ ފެންވަރަށް ހަދާ ތާރުއަޅާ ނިންމާފައިވާމަގެކެވެ. 

މުއިއްޒު ވެރިކަމަށް އެރި އިރު އަމީނީ މަގުން ނުނިމިއޮތީ ކުރީގެ ހައުސިން މިނިސްޓްރީގެ ހުޅަގުކޮޅުން ފެށިގެން އޮތް ކުޑަކުޑަ ތަންކޮޅެވެ. މުއިއްޒު ވެރިކަމަށްއަރާ އެންމެ ފުރަތަމަި ކުރިކަމަކީ އަމީނީމަގުން ނުނިމިއޮތްތަންކޮޅުގައި ތާރުއެޅުމެވެ. ކުރީގެ ހައުސިން މިނިސްޓްރީން ފެށިގެން ހުޅަގަށް އަމީނީމަގުގައި އޮތް ކުޑަތަންކޮޅުގައި ތާރު އެޅިގެން  ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެދުވަސްވަރު މުއިއްޒުގެ ޕްރީޕޭޑް މީޑިއާތަކާއި ބޮޓުންނާއި، ސަރުކާރުން ފާހަގަ ކުރަމުން ދިޔައިރު ހީވީ އައުކުކުޅަކަށް ގައުބިހެއް އެޅިގެން އުޅުނިހެންނެވެ. 

އިބޫ ސަރުކާރަށް ނުނިންމުނު އަމީނީ މަގު މުއިއްޒު ސަރުކާރުގެ ފުރަމަ ސަތޭކަ ދުވަހުގެ ތެރޭގައި ހިންގި މެގަ ޕްރޮޖެކްޓެއް ގޮތުގައި ފާހަގަކޮށް ރާގުރާގަށް މުއިއްޒަށް އެމީހުން އެމީހުންނަށް ތައުރީފް ކުރީ ތިޔަހެންނަކުން ނޫނެވެ. އޭގެ ފަހުން ފުރިހަމަ ދެ އަހަރުނުވެ އަމީނީމަގުގައި މުއިއްޒު ތާރުއެޅިބައި އޮއްވަޅުގޮނޑިއަކަށް ބަދަލުވެގެން ނަގަންޖެހުމުން ތާރުގަޑު ނަގާ އަލުން ތާރުއަޅަށް ޖެހުމުން ތިމާމެންގެ ފެންވަރު އެނގޭނެއެވެ. ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރިކަންތައް ދެވަނަ ފަހަރަށް ކުރަން ޖެހުމަކީ ކަންކަން މުއިޒުވީމާ ވާގޮތެވެ. އަމީނީމަގު ހުޅުވައިގެން ބޮޓުންނާއި ޕްރީޕެއީޑް މީޑިއާތައް މެދުވެރިކޮށް އިސްތިހާރު ކުރަނީ މުއިއްޒު ސަރުކާރުގެ ނަގާބިލުކަމެވެ. ވަރިހަމަތާއެވެ. 

ކޮންމެއަކަސް މަގުހުޅުވިޔަސް އާދީއްތަދުވަހުގެ ރޭ އެ ސަރަހައްދަކަށް ނޭރުނެވެ. މަގު އޮތީ ބަންދު ކޮށްފައެވެ. މަގުމެދުގައި ގޮނޑިއަޅައިގެން ވޮޗަރުން ތިއްބާ ފެނުނެވެ. ރައީސް ނަޝީދު ވިދާޅުވި ބަސްކޮޅެއް ހަނދާނަށް އައެވެ. ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނެ ކަމަށް ބުނިތަން ފެނުނު ފަދައެވެ.

މާލޭގެ ރަސްފަންނު ސަރަހައްދުގައި މިނިސްޓަރު މުއިއްޒުގެ މޭސްތިރި ކަމުގައި ހެދި ދުވާ ބައި އަދިވެސް ނުދުވެއެވެ. އެތަންވެސް އޭރުއްސުރެ އަދާހަމައަށްވެސް އޮތީ މުއިޒުވެފައެވެ. މާލޭގެ މޭޔަރުކަމަށް މުއިއްޒު ނިކުންނަން އޭރުގެ މޭޔަރު ޝިފާއާއި ދިމާލަށް ގޮވި އެއް ވާހަކައަކީ މާލޭގެ ދެކުނު ކޮޅުގައި ފަތާ ސަރަހައްދުގައި ހުރި ތެޔޮ ޕަމްޕުނުނަގާ މަގުގެ ބައެއް ގެއްލިގެން އުޅުނު ވާހަކައެވެ. މޭޔަރު ކަމުގައި މުއީޒު އަހަރުތަކެއް ހޭދަކޮށް މިއަދު ވަނީ ރައީސްކަން ވެސް ޖަހައިގަނެފައެވެ. ވެރިކަމަށް ތިން އަހަރު ވީއެވެ. އެ ފަމްޕް ސްޓޭޝަން އަދިވެސް ހުރީ މަގުގެ ބައެއް ހިމެނޭ ގޮތަށެވެ. މިއީ މުއިއްޒުގެ ފެންވަރެވެ. އޭނާގެ ސްޕީޑެވެ. 

ތިން އަހަރުން ކުރެވުނު ކަންކަން ނިސްބަތުން ކޮވިޑްގެ ހާލަތާއެކުވެސް އެމްޑީޕީގެ އިބޫގެ މަސައްކަތަށް ވުރެ މަދުވެފައި ފެންވަރު ދަށެވެ. ގިނަކަންކަން ހުރީ ގައުމުގެ އަސްލު ތަކާއި ބީރައްޓެހި ވެފައެވެ. ވެރި މީހަކީ ކާކުކަން ނޭގޭ މިންވަރަށް ގާތުގައި ތިބި މީހުން ގެ އަމިއްލަ ޖީބު ބޮޑުކުރުމާއި އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން އޮޅިފައިވާ ރައްޔިތުން މަދެއް ނޫނެވެ.

ވެރިކަން ދިފާއު ކުރަނީ ބައެއް ޕްރީ ޕެއިޑް މީޑިއާތަކެވެ. “ދޮގުވެރީންގެ ދޮގުބަސްތައް ޒީނަތްތެރިކުރަން ތިބޭ ބަޔަކަށް މިއަދު ގިނަ މީޑިއާތައްވެއްޖެ” މަގުމަތިން ފެނުނު މީހަކު ބުންޏެވެ. މުއިއްޒު ވެރިކަމާއި ހަވާލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމްޑީޕީގެ އަޑު އެއްކޮށް ކަހަލަ ގޮތަކަށް ކެނޑުނެވެ. އެމްޑީޕީގެ ވެރިކަމުގެ ނަފާ ރައްޔިތުންނަށް ލިބުނު މިންވަރު ނުފުދުނީކަމަށްވުން ގާތެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން މިއަދު ހަމަ އިސްކޮޅަށް ތެދުވެވޭ ވަރުވެއްޖެއެވެ. އެމްޑީޕީ ދިރިއްޖެއެވެ.

މުއިއްޒުގެ ގާބިލުކަން އެމްޑީޕީގެ ވެރިކަންތަކަށް ވުރެ ވަނދުވެފައި ނަޒާހަތްތެރިކަން ނެތީއެވެ. ދިވެހީން ކުރުމުއްދަތެއްގެ ތެރޭގައި އެ ވެރިކަމެއްދެކެ ފޫހިވެ މާޔޫސްވި ވެރިކަމުގެ ރެކޯޑު މުއިއްޒު ހޯދައިފިއެވެ. އޮތީ އެންމެ ގޮތެއް ކަމަށް މިއަދު ރައްޔިތުން ގޮވައެވެ. ފޮށި ތަންމަތި ބަނދެގެން އަވަހަށް ފިލޭތޯ ބަލާށެވެ. ދެވަނަ ފުރުސަތެއްގެ ވަސްވެސް ނުފެންނާނެކަމަށް ރައްޔިތުން ބުނަން ފަށައިފިއެވެ.

]]>
Mon, 05 Oct 2026 10:12:11 +0500 ހަވާ
ރަސްޑީލާއެކު ދިވެހީންގެރާއްޖޭގައި އަނެއް ރާއްޖެ https://heerasnews.com/4630 https://heerasnews.com/4630 ދައުލަތެއްގެ ތެރޭގައި އުފެދިދާނެ އިތުރު ދައުލަތަކާއި މެދު ސަމާލުވާން ޖެހޭނެއެވެ. ގްލޯބަލް ސިޓިޒަންޝިޕް ފޯރ ގްލޯބަލް ސިޓިޒަންސް ގެ ތެރެއިން އުފެދިދާނެ ނުރަގަޅު ކަންކަމަށް ހުޝިޔާރު ވާން ޖެހޭނެއެވެ.

ބިމެއް އަމިއްލަ ޒާތުގައި މުއްދަތު އިތުރުވާ ގޮތަށް ރޯލް އޯވަރ ވާ ގޮތަށް ގާނޫނަކުން އައިސްފައިވަނީ 1926 ވަނަ އަހަރު ޒަންބިއާގައެވެ. އަދި އެ ހަމަ  ކޮމަންވެލްތުގެ ގައުމުތަކުން ނަކަލު ކުރިއެވެ.

ދި ލޭންޑް އެކްޓް (Perpetual Succession) ޗެޕްޓަރ 186 އަކީ އެ ސަރަހައްދެއްގައި ދިރިއުޅޭ ބައެއްގެ މެދުގައި އެކި ގައުމުތަކުގެ ޖަމާއަތްތަކާއި، ދީންތަކާއި، ތައުލީމީ ދާއިރާތަކާއި ޗެރިޓަބަލް ވެލްފެއަރ ބޯޑްތަކާއި އެކު ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ބަލަހައްޓާ ދިގު ދެމިގެންވާ ތަންތަނެވެ. ދިވެހިރާއްޖޭގައި އަލައްބާރު 20 ބިލިއަން ހަރަދު ކުރާނެ ސަބަބުތަކެއް ވާނެއެވެ. 

އަރަބިގައުމުތަކުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ އަސަރު މުޅި ދުނިޔެއަށް އެބަ ކުރެއެވެ. ކަނޑުގެ ބޯޓުތައް ދަތުރު ކުރުމުގައި ހުރަސްތަކެއް އެބައޮތެވެ. ތެލުގެ އަގުތައް ދަނީ އުފުލެމުންނެވެ. އިރާނާއި އެމެރިކާ އަދި އިޒްރޭލުގެ ހަނގުރާމައިގެ މޫތައް އަރަބި ގައުމުތަކާއި ހިސާބަށް ގޮސްފިއެވެ. އެމެރިކާގެ ބޭސްތަކަށް އިރާނުން ދަނީ ހަމަލާތައް ދެމުންނެވެ.

އިޒުރޭލަށް ބޮޑެތި ހަމަލާތަކެއް އިރާނުން ދަނީ ދެމުންނެވެ. ކަނޑުގެ ސަރަހައްދުވަނީ އިރާނުން ބަންދުކޮށްފައެވެ. އަމުރަށް ކިޔަމަންނުވާ ބޯޓުފަހަރަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދަނީ ދެމުންނެވެ. އެމެރިކާގެ މިތުރު އަރަބި ބިންތައް ދިފާއުކުރަން އުފެއްދި އައު ކޯލިޝަންގައި ރާއްޖެ ވަނީ ބައިވެރިވެފައެވެ.

އިޒުރޭލުގައި ޔަހޫދީން ހިޖުރަކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. އެ ޔަހޫދީން ހިޖުރަ ކުރާނެ ރައްކާތެރި ތަންތަން ހޯދުމުގެ މަސައްކަތް ޔަހޫދީންގެ ތަނަވަސް މީހުންނާއި އެ ފަރާތްތަކަށް ވާގިދޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި ކުރަމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ޔަހޫދީން ހިޖުރަ ކުރާން ހުއްދައެއް ނުދެއެވެ. ސަބަބަކަށް ވަނީ އެ ކަމުގެ ސަބަބުން އެ ގައުމަކަށް ކުރިމަތިވެދާނެ ނުރައްކަލެކެވެ.

ދިވެހިރާއްޖެ ފަދަ އިގްތިސާދުގައި ވަގުގަދަކަން ނެތް ބައެއް ގައުމުތަކަށް އެ ފަރާތްތަކުން ކަޅިއަޅައަޅާ އަބަދުވެސް ތިބެއެވެ. ޔަހޫދީން އާބާދުވާތަނެއް ފަސާދަ ނުވާނެ ކަމަށް ޔަހޫދީން އާބާދުވާން ފުރުސަތު ނުދޭ ގައުމުތަކުން ބުނެއެވެ. 

މުއިއްޒު މާލެ އަކީ އެފަދަ މަގާމެކެވެ. މުއީޒުގެ ކޯލިޝަނުން ފައިސާގެ ދަހިވެތިކަން ބޭނުންވާތީ، ތަހުޒީބު އެތައް ގައުމަކުން ދެކޮޅު ހަދާ ފަދަ ޕްރޮޖެކްޓް ތަކަށް މަރުހަބާ ކިޔާތަން ފެނުމަކީ ލަދުވެތި ކަމުގެ އިންތިހާ އެވެ.

ގައުމިއްޔަތު މިނިސްޓްރީ އުވާލި ސަބަބު މިއަދު ހާމަވާ ކަހަލައެވެ. ސަމޯއާ އެއްބަސްވުމުގައި ގީލާ ސޮއިކުރި ކުރުމުގެ އަސްލު ފެންނަކަހަލައެވެ. ގްލޯބަލް ސިޓިޒަން ޝިޕްގެ އަސްލުތަކަށް ރުޖޫއަ ވާނަމަ ދިވެހިން ފަހުރުވެރިކަމާއި އެކު ބުނަމުން ދިޔަ ސައްތައިންސައްތަ މުސްލިމުގައުމެއްގެ ހައިސިއްޔަތު ގެއްލެނީއެވެ.

ގްލޯބަލް ސިޓިޒަން ޝިޕް ފޯރ ގްލޯބަލް ސިޓިޒަން އަކަށް ހުޅުވާލައިފި ނަމަ އެ ސަހަރެއްގައި އުޅޭ ބަޔަކު ބޭނުން ދީނަކަށް އުޅެވުން ލާޒިމު ކުރެއެވެ. ސަރުކާރުގެ ދައުވާއަކީ މުއިއްޒު މާލޭގައި ވަޒަންވެރިވާނެ މީހުންގެ ވަނަވަރު ބަލާނެ ކަމެވެ.

ތެދު ފުޅެކެވެ. ކުއްޔަށް ނުވަތަ ގަންނަ ފަރާތްތައް ހޯދި ދާނެއެވެ. އެހެންނަމަވެސް އެ ވިޔަފާރި ކުރާ ފަރާތުން އެތަނެއް ދޭނީ ދޭނެ މީހަކަށެވެ. މަޑުމަޑުން މުސްލިމުން ނޫން ފަރާތްތަކުންވެސް ވަޒަންވެރިވާން ވީއެވެ. 

ދައުލަތުގެ އޭޖީ ވިދާޅުވަނީ މުއިއްޒުމާލެއަށް އޮންނާނީ މުޅިން އައު ގާނޫނީ އޮނިގަނޑެއް ކަމެވެ. އެކަމުން އެގެނީ މިހާރުގެ ގާނޫނުތަކުން މުއިއްޒުގެ ކޯލިޝަން ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރަން ފުރުސަތު ނެތް ކަމެވެ. މިހާރުގެ ގާނޫނުތަކުންނަމަ ގާނޫނާއި ހިލާފު ވާނެ ކަމެވެ.

އެމްއެންޕީގެ އޭޖީ އުޝާމުގެ ބަހުންނަމަ ރައީސް ޔާމީން ވަނީ ރިސޯޓު ހިންގުމުގެ މުއްދަތު 99 އަހަރަށް ދަމާލާފައެވެ. ތެދެކެވެ. 99 އަހަރަށް ރިސޯޓުތައް ކުއްޔަށް ދެވެއެވެ. އެހެންނަމަވެސް 99 އަހަރަށް ފަހު އެ ތަނެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސަ އަލުން އެތަނެއް ވިއްކެއެވެ. އޮޓަމެޓިކުން އިތުރު 99 އަހަރެއް ނުލިބެއެވެ. އެހެންކަމުން ކޮންޓެކްސްޓުން ބޭރުން ވާހަކަ ވިދާޅުވެ މުއިއްޒު ނުހެދޭށެވެ. 

ކަންވޮޑުވުން ހުރިކަންކަން ހައްލު ކޮށް ގައުމުގެ މުސްތަގުބަލަށް ރައްކާތެރި އަމާން މުސްލިމު ގައުމެއްގެ ސިފަ ނީލަން ނުކިޔާށެވެ. ރައީސަކަށް ހުރި މީހަކު ބޭނުން ކޮންމެ ކަމެއް ކުރަން އެއްބަސް ވާކަށް ނުޖެހެއެވެ. ގައުމުގެ މުސްތަގުބަލު ކިލަނބުވެދާނެ ކަމަށް ހީވިޔަސް އެކަމަކާއި ދުރުހެލި ވާށެވެ.

ދައުލަތުގެ ސަލާމަތީ ބާރުތަކުގެވެސް ޒިންމާތަކެއް ވާނެއެވެ. ގޯސްތައް ރަގަޅު ކުރުމެވެ. ގޯސްތައް ދިފާއު ކުރުމެއް ނޫނެވެ. ސިޔާސީ މަގާމުތަކުގައިވެސް ތިބީ ދިވެހީން ކަމަށް ވެލާން ޖެހެއެވެ.އަލައްބާރާއި ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއި ޔަހޫދީންނާއި ހާއްސަ ގުޅުމެއް އޮތްކަމަށް ތުހުމަތު ކުރެވޭއިރު، އެ އޮތް ގުޅުމުގެ ކޮޅުފަސް ބަލަން ޖެހެއެވެ. ދިވެހީންގެރާއްޖޭގައި އެހެން ގައުމެއް އުފެދުނަ ދީގެން ނުވާނެއެވެ. މާދަމާއަށް ވިސްނާލަން ވެއްޖެއެވެ.

]]>
Thu, 01 Oct 2026 07:35:29 +0500 ހަވާ
ދިވެހީން ރާއްޖޭގައި ދިވެހީންގެ ގޮތުގައި އުޅުނަދީ https://heerasnews.com/4628 https://heerasnews.com/4628 މިއަދު ކުރިމަތި ވެގެން އުޅެނީކީ ބިދޭސީންނަށް އަދި ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކަށާއި މުއްސަނދިންނަށް 99 އަހަރަށް ބިން ދިނުމުގެ މައްސަލައެއް ނޫނެވެ. މިއަދު ފައިސަލާ ކުރަން އޮތީ 99 އަހަރަށާއި އޭގެ ފަހުން އެބިން ދުވަހަކުވެސް ދައުލަތުގެ ބަލަދުވެރިކަން ނުލިބޭނެ ގޮތަށް އަދުގެ ގާނޫނު ތަކާއި ހިލާފަށް އޮތް އޮތުމާއި ދިވެހި ދައުލަތުން މުސްލިމުންނާއި އަދާވާތްތެރި ޔަހޫދީންނާއި ހާއްސަ ގުޅުން އޮތް ފަރާތަކަށް ބިންދޭން ނިންމި ނިންމުމެވެ.

ދިވެހިރާއްޖެއަށް ޔަހޫދީން އެރުން މަނާކުރި ކުރުމަށް އިޒްރޭލުން ގޮންޖަހާ އެފަރާތުގެ އަރަބި ޖުއްބާ ތުރުކުރައްވާ ފަރާތެއް ލައްވާ ދިވެހި ދައުލަތުން ޝަހަރެއް ވަރުގެ ތަނެއް ދުވަހަކުވެސް ނުނިމޭ، ވިޔަފާރީގެ މުއާމަލާތްތަކަށް ފާރަވެރި ނުވެވޭނެ ގޮތަށް ބިން މިލްކުވަނީއެވެ. އޮޓަމެޓިކް ރޯލްއޯވަރ އެވެ ކިޔާ ގޮތަށް ބިމެއް ދިނުމެވެ.

މި މައްސަލައިގެ ބަހުސަށް އަދުގެ ސަރުކާރުން ހުށަހަޅަނީ ރައީސް ޔާމީން ސަރުކާރުގައި 99 އަހަރަށް ބިން ކުއްޔަށް ދެވޭގޮތަށް ފާސްކޮށް ތަސްދީގު ކުރި ގާނޫނެވެ. އެ ގާނޫނުގައި އޮޓަމެޓިކުން ރޯލްއޯވަރ ވާނެ ވާހަކައެއް ނެތެވެ. އެ ގާނޫނުގެ މައްސަލަ ހުއްޖަތަކަށް ނުނެގޭނެއެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ކަމު ނުދަނީކީއެއް ނޫނެވެ. ގާނޫން އަސާސީ ތަންފީޒު ކުރަން ތިބި މީހުންގެ ކުފޫ ހަމަނުވަނީއެވެ. ގާނޫނު އަސާސީ ގެ ރޫހު ތަރުޖަމާ ކުރަން ނުކުޅެދެނީ އެވެ. އެ ގާބިލުކަމާއި ގައުމީ ލޯބި ނެތީއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ފާސްކުރި ގާނޫނަކީ ވިޔަފާރި އެއްބަސް ވުމެކެވެ. ނަފާ ލިބޭ ކަމެކެވެ. އަދި އެއްބަސްވުން ތަކަށް ކަނޑައަޅާ ގަވާއިދު ތަކުން ކަންކަން ހަނި ކުރުމާއި އިންތައް ކަނޑަ އަޅާނީއެވެ. ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ނުކުޅެދިއްޖެ ނަމަ ބަދަލު ކުރަން ޖެހޭނީ ގާނޫނު އަސާސީ އާއި ގާނޫނު ތަކާއި ގަވާއިދެއް ނޫނެވެ. ހިންގުމުގެ ނިޒާމް ހަރުދަނާ ކުރަން ވީއެވެ. 

ދިވެހި ދައުލަތް ގަރުދިޔައާއި މޮޑެގެން ތެޅި މިރުސްލައިގެން ކާން ތިބެގެން ގައުމުގެ އަސާސްތައް ރައްކާތެރިއެއް ނުކުރެވޭނެއެވެ. އަންނަން އޮތް ޖީލުތަކަށް ގައުމު ވާސިލެއް ކޮށެއް ނުދެވޭނެއެވެ. ދިވެހިންގެ މަސްލަހަތު ރައްކާތެރިއެއް ނުކުރެވޭނެއެވެ. ގާނޫނުގައި ބުނެދޭނީ މިންްގަނޑެކެވެ. އެ މިންގަނޑު ގައުމުގެ މަސްލަހަތާއި އެއްގޮތަށް ތަންފީޒު ކުރާނީ ދައުލަތާއި ހަވާލުވެ މަށަށްވާނެ ކަމަށް ބުނެ ތިބޭ ބައެކެވެ. އެ ފަރާތަކީ ގަބުރެއްތޯ، ބަބުރެއްތޯ ނުވަތަ ބުދެއްތޯ ރައްޔިތުން ބަލާކަށް ބޭނުމެއް ނުވާނެއެވެ. 

ގްލޯބަލް ޓައުންޝިޕް ފޯރ ގްލޯބަލް ސިޓިޒަން އަކީ ބައެއް ގައުމުތަކަށް ރަގަޅު ފަލްސަފާއަކަށް ވެދާނެއެވެ. ނަމަވެސް ދިވެހިރާއްޖެ ކަހަލަ ގައުމަކަށް އެންމެ ރަގަޅު މޮޑެލަކީ ދިވެހި ސަގާފަތާއި ގުޅޭ އިސްލާމީ އާދަކާދަ ތަކާއި ބީރައްޓެހި ނޫން މޮޑަލަކަށް ވާން ޖެހޭނެއެވެ. ގަލްފު ސަރަހައްދުގައި ތިބި ޔަހޫދީން ހިޖުރަކުރަން ދިވެހިރާއްޖެ އޯކޭވެގެން ނުވާނެއެވެ.

ގަލޯބަލް ސިޓިޒަން ޝިޕް ފޯރ ގްލޯބަލް ސިޓިޒަންގެ އަސާސީ ސިފަތަކެއް ވެއެވެ. އެ ބަޔަކު ބޭނުން ދީނެއް އިހްތިޔާރު ކުރެވެއެވެ. އެ މީހުންނަށް ބޭނުންވާ އަޅުކަންކުރާނެ ތަންތަން ހުންނަން ޖެހެއެވެ. ތައުލީމީ މަންހަޖުން ވަކި ދީނެއް ކިޔެވުން ލާޒިމެއް ނުކުރެވޭނެއެވެ. އެކި ދީންތައް މަޑުމަޑުންނަމަވެސް އުފަން ވެދާނެއެވެ. ސަމޯއާ އެއްބަސްވުން ތަންފީޒު ވާން ފަށާފާނެއެވެ. ސަރަހައްދީ ޖިއޯ ޕޮލިޓިކްސް ގެ ނުރައްކާތައް އިތުރުވެދާނެއެވެ.

ދިވެހިން ތަނަވަސްކަން ބޭނުމެވެ. އިމާރާތްތަކާއި ކުރިއެރުން ބޭނުންވެއެވެ. ރަގަޅު ސިއްހަތާއި ރަގަޅު ތައުލީމު ބޭނުންވެއެވެ. އެހެން ނަމަވެސް އެ ކަންކަން ހޯދުމަށް މިއަދު ދޫކޮށްލާން ޖެހެނީ ދިވެހިވަންތަ ދިވެހިރާއްޖެއަކަށްވުން ރަގަޅެއް ނޫނެވެ. ސަރުކާރުން ކުރާ ކޮންމެ ގޯހެއް ރަގަޅު ކަމަށް ބަލައިގެން އެކަން ދިފާއު ކުރާ ބަޔަކަށް ދިވެހީން ވެގެން ނުވާނެއެވެ. ދިވެހީންނަކީ އެއަށް ވުރެ މާ ތޫނުފިލި ދުނިޔެއަށް ލޯ ހުޅުވިފައިވާ އާބާދީއެކެވެ. ދިވެހީން ދިވެހީންގެރާއްޖޭގައި ދިވެހީންގެ ގޮތުގައި އުޅުނަ ދޭށެވެ.

]]>
Wed, 30 Sep 2026 22:00:00 +0500 ހަވާ
މަގާމަށްޓަކާ ހަނުތިބެ މާދަމާއަށް ގައްދާރުނުވޭ! https://heerasnews.com/4626 https://heerasnews.com/4626 ދިވެހީންނަށް ތަނަވަސްކަން ހޯދާދޭން ވާނީ ދިވެހީންގެ އަސްލު ނުގެއްލޭނެ ގޮތަށް ދިވެހީންގެ ދިވެހި ވަންތަކަން ހިމާޔަތް ކުރެވޭނެ ގޮތަށެވެ. ދިވެހި ތާރީހު ދައްކުވާދީފައިވާ ވާހަކަތަކެއް ވުޖޫދުގައި ވެއެވެ. ދިވެހީންގެ ގޭގޭތެރެއަށް ވައްދާންވާނީދިވެހިރާއްޖެ ގަބޫލު ކުރާ ސިފަތަކާއި އަސާސްތަކާއި އުސޫލުތަކަށް އިހުތިރާމް ކުރާނެ ފަރާތްތަކެވެ.

ފޯޅަވައްސަކީ ދިވެހީންގެ ތަނެއްކަމަށް ދިވެހީން ވަކާލާތު ކުރަމުއެވެ. ޝައްކެއްވެސް ނެތެވެ. ދިވެހިންގެ ތަނެކެވެ. ނަމަވެސް މިއަދު އޮތީ ދިވެހީންގެ އަތްފޯރާ ހިސާބަށް ވުރެ ދުރަށް ޖެހިފައެވެ. ބުނެވޭ ގޮތުންނަމަ ފޯޅަވައްސަކީ ބޭރުގެ ފަރާތަކަށް 100 އަހަރަށް ދޫކޮށްފައިވާ ތަނެކެވެ. ކަމުގެ އަސްލާއި ހަގީގަތް ދަންނަ މީހުން މިއަދު ދުނިޔޭގައި ނެތެވެ.

ދުނިޔޭގެ އެންމެ ބާރުގަދަ ފަރާތާއި ޖަދަލު ކުރުމުގެ ފުރުސަތެއް ނެތެވެ. ތާރީހީ ހެކި ބަލަން ވެސް ބޭނުމެއް ނުވެއެވެ. މިއަދުގެ ސަރުކާރުތޯ، ކުރީ ސަރުކާރުތޯ، ކުރީގެ ސަރުކާރު ތަކޭތޯ، ނުވަތަ މީގެ ސަތޭކަ އަހަރު ކުރީގެ ވެރިކަމޭ ބުނެގެންވެސް އަތްފޯރާ ހިސާބަކަށް ނުދެވެއެވެ.

ދިވެހި ޗާޓުން ފޯޅަވަހި ވަކިވެފައި ވާނަމަ ޒިންމާ ވާނެ ފަރާތެއް ހޯދުމަކީ މިއަދު ވާނޭ ކަމެއް ނޫނެވެ. ދުނިޔޭގެ ބާރުތަކުގެ ކުރިމަތީ އދ ގެ މެމްބަރެއް ނަމަވެސް ދިވެހިރާއްޖޭގެ އަޑު އަހާނީ މަސްލަހަތަށް ބަލާފައެވެ. ވާދަ ކުރާ ގައުމުތަކަށް ބަލާފައެވެ. އެކުވެރި ދައުލަތުގެ މަސްލަހަތު އިސްކޮށްގެންނެވެ.

ފަލަސްތީނުގައި ޔަހޫދީން ވަޒަން ކުރުވީ އިންސާނިއްޔަތަށްޓަކާ ކަމަށް ބުނެއެވެ. މިއަދު ފަލަސްތީނަކީ ޔަހޫދީންގެ ތަނެއްގެ ލަގަބު ލިބިފައިވާ ތަނެކެވެ. މުޅި ދައުލަތް އެކީގައި ހިސާރުކޮށްފިއެވެ. ދުނިޔެއަށް އެކުވެރި ދައުލަތްތަކަށް ހައްލެއް ނުކޮށްދެވުނެވެ. ހައްލު ކޮށްދިނުމުގެ ވިސްނުމެއްވެސް ނެތެވެ. ބޭނުމެއްވެސް ނުވެއެވެ. ފަލަސްތީނުގެ ރައްޔިތުން ގަތުލުކޮށް މަރަމުން ދާތާ އެތަށް ޒަމާނެކެވެ. ކުއްވެރި ކޮށްލާނެ ގައުމެއް ނުވިއެވެ. 

ދުނީޔޭގެ ޗާޓުގައި އަދި ދުނިޔޭގެ ސިޔާސަތުގައި ދިވެހީން މުހިންމުވާން ވާނީ ދިވެހީންނަށެވެ. އެއީ މިއަދު ނިންމާ ނިންމުންތަކުން މާދަމާއަށް ހިޔަނި އެޅޭނެތީއެވެ. އަންނަން އޮތް ޖީލުތަކަށް މިއަދުގެ ނިންމުންތަކުގެ އަސަރު ކުރާނެތީއެވެ. މިއަދު ޔަހޫދީންނާއި ގުޅޭ ކުންފުންޏަކަށް ދިވެހިރާއްޖޭގެ ސަރަހައްދުން އަކަފޫޓެއް ދިގުދެމިގެންވާ މުއްދަތަކަށް ދިނަސް މާދަމާ ކިލޯ މީޓަރެއް ހިފާފާނެކަމުގެ ތުހުމަތު ފަލަސްތީނުގެ ބިމުން ފެންނާން އޮތަތީއެވެ.

މިއަދުގެ ނިންމުންތައް ވާންޖެހޭނީ މުސްތަގުބަލުގައި ތަކުލީފެއް އުފުލަންޖެހޭނެ ނިންމުމަކަށް ނޫނެވެ. ދިވެހީންގެ ދިރިއުޅުން ތަނަވަސްވާން ޖެހެއެވެ. 20 ބިލިއަނެއް ނޫނެވެ. 20 ޓްރިލިއަންވެސް ބޭނުމެވެ. 

ދިވެހީން ދިވެހިރާއްޖޭގައި މުސްލިމުންގެ ގޮތުގައި އުޅޭތާ 900 އަހަރަށް ވުރެ ގިނަވެއްޖެއެވެ. ދިވެހިރާއްޖޭގެ ހަމަޖެހުމާއި އާންމު މަސްލަހަތާއި ގުޅެނީ އިސްލާމް ދީނުގެ ހިދާޔަތެވެ. ދިވެހީން ތަނަވަސްކަން ހޯދަން ކުރާ މަސައްކަތުގެ ނަތީޖާ ފަލަސްތީނަކަށް ބަދަލުވާކަށް މި ދީބުގެ ކާބަފައިންނެއް ފުރުސަތެއް ނުދެއެވެ. މިއަދު އެ ފުރުސަތު ލިބޭނެ ގޮތަށް މަގު ހުޅުވާލައިފިނަމަ އަންނާން އޮތް ޖީލުތަކަށް މި ރާއްޖެ ހަދިޔާ ކުރަން ޖެހޭނީ އަނިޔާވެރިކަމާއި ތަޅާ ފޮޅުމެވެ.

ވަރިހަމަ ވާން ޖެހޭނެ ކަންކަން ހުންނާނެއެވެ. އެހެން ނަމަވެސް ގައުމާއި ރައްޔިތުން ނިކަމެތިވާނެ ކަންކަން ގައުމުގެ އިސްވެރިން އިސްވެ ތިބެ ކުރާނަމަ އެވެވެނީ ގައުމަށް ގައްދާރެވެ. މަގާމަށްޓަކާ ހަނު ތިބެ މާދަމާގެ ދަރިންނަށް އަނިޔާވެރި ނުވާށެވެ.

]]>
Wed, 30 Sep 2026 14:12:25 +0500 ހަވާ
ޔަހޫދީންގެ ވަޒަނަކަށް ރަސްމާލެ ވާނީ މުއިއްޒު ނެރުވާ ގެގް އޯޑަރަކުންތަ! https://heerasnews.com/4623 https://heerasnews.com/4623 ކުރާ ކޮންމެ ކަމަކީ ގާނޫނަކުން ނުވަތަ ކޯޓުން ބާރު ހޯދާ ކަމަކަށް ވާ ނަމަ އެ ކަމަކީ ގާނޫނާއި ހިލާފު ކަމެއް ސައްހަ ކުރަން ކުރާ މަސައްކަތެއް ކަމުގެ ސިއްކަ ޖެހެއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މިއަދުގެ ސަރުކާރުން 2023 ގެ ކުރިން ހިންގި “އިންޑިއާ އައުޓު” ކެމްޕެއިން އޭރުގެ ސަރުކާރުން ހުއްޓުވީ ކޯޓުތެރެއިންނެވެ. ޓީވީ ޝޯވ ތަކާއި މަގުމަތީ ހަރަކާތްތަކާއި ތަންތަނުގައި ބެނާ ދެމުމުގެ ހަރަކާތްތައް ހުއްޓުނީ ކޯޓު އަމުރުންތަކުންނެވެ. 

2023 ގެ ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ހިންގާ ގިނަ ހަރަކާތްތަކުގެ ފަރުދާއަކަށް ވަނީ މަޖިލީހުން މުއިއްޒުގެ މެމްބަރުން ފާސްކުރާ ގާނޫނަކުން ނުވަތަ ކޯޓުން ނެރޭ އަމުރަކުންނެވެ. އަބުރު ރައްކާތެރި ކުރުމުގެ ނަމުގައި އަރަބި ބަހެއް ބޭނުން ކުރުން މަނާ ކުރިއެވެ. “ކައްޒާބު” ބަސް ބޭނުން ކުރުން ގޮތަކަށް މަނާ ވިއެވެ. އެހެންނަމަވެސް ދޮގު ހަދާ މީހަކާއި ދިމާލަށް މީހަކު ލޯބިން ކައްޒާބޭ ވެސް ކިޔާ ފާނެއެވެ. ހަމަ އެފަދައިން އަންހެން ޖިންސުއްލަތީފަކަށް ދައުލަތުގެ އެންމެ މުގައްދަސް އެއް އިދާރާއިގައި ގޯނާ ކުރި ކަމުގެ ތުހުމަތު ތަކެއްގެ ވާހަކަ ހުއްޓުނީ ގެގް އޯޑަރު ކިޔާ އަމުރަކުންނެވެ.

ސަރުކާރުން ކުރާ ކަންކަން ގޯސް ކަމަށް ސަރުކާރަށް ގަބޫލު ކުރެވޭ ހިސާބުން މުއީޒު މެމްބަރުން ލައްވާ ފާސް ކުރަނީ ގާނޫނެކެވެ. ނޫނީ ނެރެނީ ކޯޓު އަމުރކެވެ. އޭގައި ބުނަނީ “ތިޔަ ހެނެއް ނުކިޔޭނެ” އެވެ. ބައެއް މަދު ހާލަތްތަކުގައި ކޮންމެވެސް މީހަކު ލައްވާ ކޯޓަށް މައްސަލައެއް ވައްދާނީއެވެ.

އިންސާފު ހޯދުމުގެ ތެދުވެރި ނިޔަތުގައި އިހުތިޖާޖުކުރުމުގެ ގޮތުން ކޯޓަށް ވައްދާ ައްސަލަތައްވެސް ނިމެނީ މުއިއްޒު ބޭނުންވާ ހޮތަށެވެ. މުއިއްޒު މެމްބަރުން ކަރަށް ފައްތާފައިވާ ޖޭއެސްސީ މަޅިއަކުން ސަލާމަތް ކުރުމަށް ހުށަހެޅުމުން ކޯޓުން މައްސަލަތައް ނިމެނީ ތުހުމަތުގެ އިނގިލި ދިއްކުރެވޭނެ ފަދަ ގޮތަކަށެވެ. އެއީ ސަރުކާރުން ބޭނުންވާ ގޮތަށެވެ. ގާނޫނީ ހަމައެއް ކޮންމެވެސް ގޮތަކުން ހޯދަނީއެވެ. އެ ހިސާބުން އެކަމެއް ނިމުނީއެވެ. އެ ހާލަތު މަރުވީއެވެ. 

ދިވެހީންނާއި އަލަށް ކުރިމަތިވެގެން އުޅޭ މުސީބާތަކީވެސް އެފަދަ މަގަކުން ދަތުރު ކުރާނެ ކަމެއް ކަމަށް ބެލެވެއެވެ. ދިވެހި އާންމު ރައްޔިތުންގެ ކަންބޮޑުވުން ޖާއިޒުކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ދިވެހީންނަށް ބޯހިޔާ ވަހިކަން ކަށަވަރު ކޮށްދޭނެ ކަމަށް ބުނެ ހިއްކަން ފެށި ފުށި ދިއްގަރު ފަޅެވެ. ބައެއް މީހުންގެ ނަމުންނަމަ މުއިއްޒު މާލެ ނުވަތަ ރާޖޫ މާލެއެވެ. އެތަން ބޭރުގެ ކުންފުންޏަކަށް ދިން ވާހަކައެވެ. ތުހުމަތު ކުރެވެނީ އަބޫދާބީ ކުންފުންޏަކަށް ދީފައިވާ ކަމަށް އަޑު ފެތުރިގެން އުޅޭ ބިމުގައި ޔާހޫދީން ވަޒަންވެރި ވާނެކަމުގެ ބިރުވެރި ކަމެވެ.

ސަރުކާރާއި ކުންފުނީގެ ރާގު އިރުއިރުކޮޅާ ކަހަލަ ގޮތަކަށް ބަދަލުވެއެވެ. 20 ބިލިއަން 12 ބިލިއަނަށް ބަދަލުވެއްޖެއެވެ. 99 އަހަރު ދުވަހަކުވެސް ނުނިމޭނެ ކަހަލަ 99 އަހަރަކަށް ބަދަލުވެއްޖެއެވެ. ބިމެއް މިލްކެއް ނުވޭ ނަމަވެސް އިމާރާތް މިލްކު ކުރެވޭނެކަމެވެ. ޔަހޫދީންނާއި ގާތް ގުޅުމެއް އޮތް ކުންފުންޏެއް ކަމަށް އޮތްއޮތުން ބަދަލު ކުރެވޭނެ ގޮތެއް އެއްވެސް ހަމައަކުން ނެތެވެ. ކުނަފުނީގެ ޕްރޮފައިލް ތަކާއި ދުނިޔޭގެ ތާރީހުގައި އަރުޝީފު ކުރެވިފައިވާ ލިޔުންތަކުން އެ ގުޅުން ރަގަޅަށް ސާބިތުވެއެވެ. 

މިއަދު އަނެއްކާވެސް އޮތީ ސަރުކާރަށް 3 ގޮތެކެވެ. ފުރަތަމަ ގޮތަކީ މި ޕްރޮޖެކްޓް ދިފާއުވާނެ ގޮތަށް މުއިއްޒު މަޖިލިސް ލައްވާ ގާނޫނުތަކެއް ފާސް ކުރުމެވެ. އެ ގޮތް ކަމުނުދާނަމަ ވަންނާން ޖެހޭނީ ކޯޓަށެވެ. ދެކޮޅުގެ ވެސް އެންމެ ފަހުބަސް އަންނަނީ އެއް މޭޒަކުންނެވެ. ދެވަނަ ގޮތަކީ މިނިވަން ފަރާތަކުން ކޯޓަށް މައްސަލައެއް ވެއްދުމެވެ. އެ ހިސާބުންވެސް ގޮތް ނިންމާނީ ދައުލަތުގެ އެއް ވަށިގަނޑަކުންނެވެ. ތިންވަނަ ގޮތަކީ އެ ވާހަކަވެސް ގެގް އޯޑަރަކުން މަނާ ކުރުމެވެ. މިއިން ކޮންމެ ކަމެއް ކުރުމަށް ވިސްނުމަކީވެސް އެކަމެއްގައި ދެކޮޅު ނުޖެހޭ، ދިވެހީންގެ މަސްލަހަތާއި ބީރައްޓެހި ކަންކަން ހުރިކަން ރަމްޒުކޮށްދޭ އަލިގަދަ ހެކި ތަކެކެވެ.

ދިވެހިރާއްޖޭގައި ޔަހޫދީން ގާއިމުވާކަށް ދިވެހީން ނޭދޭނެއެވެ. އެކަން ހުއްޓުވުމަކީ އަންނާން އޮތް ޖީލުތަކަށް ދައުލަތް ވާސިލު ކޮށްދިނުމަށް ކޮންމެހެންވެސް ކުރުން ލާޒިމު ކަމެކެވެ. ދިވެހިރާއްޖެ މިއަދުގެ ސަރުކާރާއި އެކުވިއަސް އަދި މިއަދުގެ ސަރުކާރާއި ނުލާވިއަސް ދެމި އޮންނަމް ޖެހޭނެއެވެ.

]]>
Tue, 29 Sep 2026 12:06:44 +0500 ހަވާ
ނުނިމޭ ގޮތަށް އޮންނަ 99 އަހަރު. ބައިނަލް އަގުވާމީ ބާޒާރަށް ހުޅުވާ ނުލީ ސަމޯއާ އެއްބަސް ވުމުގެ ބާބަކީ ބާ؟ https://heerasnews.com/4617 https://heerasnews.com/4617 އާންމު މީޑިއާތަކުގައި ބުނާ ގޮތުންނަމަ ރަސްމާލޭގައި ތަރައްގީ ކުރާ ކަންކަން ބަޔަކަށް ކުއްޔަށްދޭ ދުވަހުން ފެށިގެން 99 އަހަރަށް ދެވެއެވެ. އަދި ސޮއި ކުރާ ކޮންމެ ފަހަރަކު 99 އަހަރަށް ދެވެއެވެ. 2033 ގައި ދިން ކަމުގައި ވިއަސް މުއްދަތު ހަމަވާނީ 2132 ގައެވެ. މި ފުރުސަތު އޮތްކަން ދުނިޔޭގެ ބޮޑެތި އިންވެސްޓަރުންނަށް ރަގަޅު ގޮތުގައި ސާފު ކޮށްދީފި ނަމަ އިންވެސްޓް ނުކުރާނެ ބަޔަކު ނުތިބޭނެއެވެ. ނިމުމެއް ނެތް އިންވެސްޓްމަންޓަކަށް ވާތީއެވެ.

ބުރުޖް ހަލީފާގެ އަގަކީ ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރު ކަމަށް ލިޔެކިޔުން ތަކުން ފެނެއެވެ. ސިންގަޕޫރުގެ މެރީނާ ބޭގެ އަގަކީ 5.6 ބިލިއަން ޑޮލަރެވެ. މުއްދަތަކީ 60 އަހަރެވެ. މުއްދަތު ހަމަވާނީ އޯގަސްޓް 2066 ގައެވެ. 

ރާއްޖޭގެ މުއިއްޒު މާލޭގެ ބޮޑު މިނާ ބިނާތަކާއި ވިއްކާފައިވާ ނުނިމޭ މުއްދަތު 99 އަހަރުން އިތުރުވާ ގޮތަށް އޮންނަ ނަމަ ބޮޑު މިނުގައި 500 އެތަށް ހެކްޓަރެއް ކުއްޔަށް ނުނަގާނެ އިންވެސްޓަރެއް ނުހުންނާނެއެވެ. ބޮޑެތި ސިއްރުތަކެއް ވާނެ ކަމީ ކަށަވަރު ކަމެކެވެ. 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް މި މަޝްރޫއަށް ހޭދަ ކުރާނެ ކަމަށް ގަބޫލު ކުރަން ދަތިކަމަށް އިގްތިސާދީ އިލްމު ވެރިން ބުނަން ފަށައިފިއެވެ.

ބުރުޖް ހަލީފާއަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ އުސް އަދި ފުރިހަމަ އިމާރާތެކެވެ. އެތަނަށް ހޭދަކުރި ކަމަށް އިއުލާނު ކޮށްފައިވާ 1.5 ބިލިއަން ޑޮލަރަށް ވާތީއާއި، ހަމަ މި ކޮންޓްރެކްޓްގައި ސޮއި ކުރި އީގަލް ހިލް އިން އަލްބޭނިއާގެ 450 ހެކްޓަރު ބިމުގައި ހިންގި ޔޮޓް މެރީނާ ގެ ޕްރޮޖެކްޓްގެ އަގަކީ 2.5 ބިލިއަން ޑޮލަރެވެ. މި ތަނުގައި ލަގްޒަރީ 12،000 ފުލެޓު ނުވަތަ އެޕާޓްމަންޓް ވެއެވެ. ޔޮޓު މެރީނާއަކާއި ހޮޓާތަކާއި ފިހާރަތަކާއި އޮފީސް ތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި އެކު ބޮޑު ޝަހަރެއް ބިނާ ކުރީ ކުޑައަގަކަށެވެ. ރާއްޖޭގައި އިމާރާތް ކުރާ ޖާގައަށް ވުރެ ކުޑައީ ގާތްގަނޑަކަށް 100 ހެކްޓަރެވެ. އަލްބޭނިއާގެ މި ޕްރޮޖެކްޓްގެ ސައިޒުގެ ދެ ގުނަ ނަމަވެސް ހިނގާނީ ގާތްގަޑަކަށް 6 ބިލިއަން ޑޮލަރެވެ. 

ފާޑު ކިޔާ މީހުން ފާޑު ކިޔަނީ ޕްރޮޖެކްޓެއް ރާއްޖެއަށް ލިބުނީމައެއް ނޫނެވެ. މި ޕްރޮޖެކްޓުގެ ބޮޑު މިނާއި އަގާއި ތަން ދޫކުރާ މުއްދަތާއި ދިމާ ނުވާތީއެވެ. ހަމަ އެފަދައިން މުސްލިމުންނާއި އަދާވާތްތެރި ޔަހޫދީންނާއި މި ޕްރޮޖެކްޓް ގުޅޭ ކަމަށް ކުރެވޭ ތުހުމަތެވެ.

އީގަލް ހިލްސް އިން މި މަޝްރޫއު އިއުލާނު ކުރި ހިސާބުން އީގަލްހިލްސް.ކޮމް ގައި ޝާއިއު ކުރި އަދަދުގައި ވަނީ 12 ބިލިއަން ޑޮލަރެވެ. ނަމަވެސް ދިވެހި ސަރުކާރުން ކޮށްފައިވާ އިއުލާނުތަކުގައި ވަނީ 20 ބިލިއަން ޑޮލަރެވެ. އަދި ފަހުން އީގަލް ހިލްސްގެ ވެބްސައިޓުން 12 ބިލިއަން ޑޮލަރުގެ ވާހަކަ ވަނީ އުނި ކޮށްފައެވެ.

އީގަލް ހިލަސްއަށް އޮތް ފުރުސަތުތަކާއި އެކު މި މަޝްރޫއު ދުނިޔޭގެ މާރކެޓަށް ހުޅުވާ ނުލީ ކީއްވެތޯ އަކީވެސް ކުރެވޭ ސުވާލެކެވެ. ފަހަރުގައި މި ޔަހޫދީން ނާއި އެކުވެރި ކުންފުންޏަށްވުރެ މާ ރަގަޅު ހުށަހެޅުން ލިބިދާނެ ތާއެވެ. އީގަލް ހިލްސްއިން އަލްބޭނިއާގައި ހިންގި ފަދަ ގާތްގަނޑަކަށް 5 މަޝްރޫއު އެ ކުންފުނީން އިއުލާނު ކުރި 12 ބިލިއަނުން ފުރިހަމަ ކުރެވޭނެއެވެ. އެއީ ގާތްގަނޑަކަށް 60،000 ލަގްޒަރީ ހައުސިންގ އެވެ. އަދި މުއިއްޒު ސަރުކާރު ކޯލިޝަނުން އިއުލާނު ކުރި 20 ބިލިއަން ޑޮލަރުންނަމަ 8 މަޝްރޫއު ހިންގުނީހެވެ. އެއީ ހަމައެކަނި ލަގްޒަރީ ހައުސިންއަށް ބެލި ނަމަވެސް 96،000 ހައުސިންނެވެ. މި އަދަދުތައް ފުރިހަމަ ވަނީ އަލްބޭނިއާ ޕްރޮޖެކްޓްގައި ހިމެނޭ ކޮންމެ ބައެއްގެ 5 ގުނަ 8 ގުނަ ވާނެ ގޮތަށެވެ.

ނަމަވެސް ފޮރުވިފައިވާ ކަންކަމާއި އެކު މި ކުރަން އުޅޭ ކަމުން ރާއްޖެއަށް ކުރިމަތި ވާނީ ގެއްލުން ކަމަށް ބައިނަލް އަގުވާމީ ބާޒާރުގެ އަގުތަކުން ފެނެއެވެ. އަދި މި ޔަހޫދީންނާއި ގުޅުން ބޮޑު ކުންފުނީގެ ސަބަބުން ގައުމީ މަސަލަހަތު ގެއްލި ގައުމީ ސަލާމަތަށް އެކި ގޮތްގޮތުން ގޮންޖެހުން ކުރިމަތި ވާނެ ކަމަށް އަރަބި ޖުއްބާ ލާފައި ޔަހޫދީ ތޮފި ނޭޅި ނަމަވެސް ނުވަތަ ނެހެރޫ ކުރުތާއާއި އެކު ޔަހޫދީ ތޮފި ނޭޅި ނަމަވެސް ބޮނަކުއާފެން ހެޔޮ ގޮތުގައި ބޮއި ހަދާ ބޭބޭ ފުޅުން ބުނެއެވެ.

]]>
Sat, 26 Sep 2026 11:46:45 +0500 ހަވާ
ދިވެހީންގެރާއްޖޭގައި ޔަހޫދީ ތޮފި އަޅުވަދޭން އަރަބި ޖުއްބާވެރިން އޯކޭ؟ https://heerasnews.com/4613 https://heerasnews.com/4613 ދިވެހީންނަށް ކުރިމަތިވެފައިވާ އިގްތިސާދީ ނިކަމެތިކަމުން އަރައިގަތުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކުން މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެކެވެ. ތަކެއްޗާއި ހިދުމަތުގެ އަގުތައް ދުވަހުން ދުވަހަށް ދަނީ މަތިވަމުންމެވެ. ދިވެހިރާއްޖެއަކީ ހުރިހާ އެއްޗެއްހެން ރާއްޖެއިން ބޭރުން އެތެރެކުރަން މަޖުބޫރު ވެފައިވާ ބައެކެވެ. ރާއްޖެއިން ބޭރުން އެތެރެ ކުރާ މުދަލަށް ޑޮލަރު ހޯދުމަކީ މި ވޭތުވެ ދިޔަ ދެތިން އަހަރުތެރޭގައި ފަސޭހަ ކަމަކަށް ނުވެއެވެ.

ސަރުކާރުން ދައްކާ ވާހަކަތަކާއި އަސްލާ ކޮންމެވެސް ވަރެއްގެ ފުށު އެރުންތަކެއް ހުރެއެވެ. ޑޮލަރު ރަސްމީ ރޭޓުގައި ގަންނަން ހޯދުމަކީ ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުން ކަހަލަ ކަމަކަށް ވަނީ ވެފައެވެ. ސަރުކާރުގެ ފިއްތުންތަކާއި ހުރެ މީހެއްގެ އަތުން ޑޮލަރެއް ގަތުމަކީ ތަކުލީފަކަށް ވަނީ ވެފައެވެ. މީގެ ދުވަސް ކޮޅެއް ކުރިން ބޮޑުއަގުގައި ނަމަވެސް ޑޮލަރު ވިއްކާ މީހުން އުޅުނެވެ. މިހާރުވެސް އުޅޭނެއެވެ. އެހެންނަމަވެސް ހައްޔަރު ވެދާނެ ކަމުގެ ބިރަށް އެމީހުންތައް ވަނީ ބިންގަރާހަށް ވަދެފައެވެ. ބޭންކުން ރައްޔިތުންނަށް ބޭނުންވާ ވަރަށް ޑޮލަރު ފޯރުކޮށްދިނުމަށް ދައުލަތުގެ ބޭންކުތަކުން ވަނީ ނުކުޅެދިފައެވެ. އެހެންނަމަވެސް ފިޔަވަޅު އަޅަން ނިންމީ އަގުބޮޑުކޮށް ޑޮލަރު ވިއްކާ މީހުންނަށެވެ.

20 ބިލިއަން ޑޮލަރު ދިވެހި ދައުލަތަށް ލިބޭނެ ފަދަ ޕްރޮޖެކްޓެއް ލިބުމަކީ ނަސީބެކެވެ. ނަމަވެސް އެ ހޯދަން އުޅޭ ޑޮލަރުގެ ފަހަތުގައިވާ ސިއްރުތައްވެސް އެގިލަން ޖެހެއެވެ. އެއްބަސްވުން އަދި ސިއްރެވެ. ސިއްރެއް ނޯންނާނެ ކަމަށް ވައުދުވި ސަރުކާރެކެވެ. 

އަބޫދާބީގެ މަޝްހޫރު އިންވެސްޓަރެއްގެ ކުންފުންޏަކުން ފައިސާ ހޯދާ އިރު އެ ކުންފުންޏާއި އެ ކުންފުނީގެ ވެރިފަރާތުގެ ފަތިފުށް ބަލާލަން ވާނެއެވެ. ކުންފުނީގެ ވެރިފަރާތަކީ ދުބާއީގައި  8 ނޮވެމްބަރ 1956 ގައި އުފަންވި މުހައްމަދު އަލީ އަލައްބާރު ކިޔާ މީހެކެވެ. އެމެރިކާގެ ސިއޭޓަލް ޔުނިވާރސިޓީގައި 1981 ގައި ތައުލީމު ހާސިލު ކޮށްފައިވަނީ ފައިނޭންސް އެންޑް ބިޒަންސް މެނޭޖްމަނޓްގެ ދާއިރާއިންނެވެ. އެއަށްފަހު ޕީއެޗްޑީއެއް ހާސިލް ކުރިއެވެ. ދުބާއީގައި އިމާރު ކިޔާ ޕްރޮޕޮޓީ ބިލްޑިންގ ކުންފުންޏެއް 1997 ވަނަ އަހަރު އުފައްދާފައިވެއެވެ. މަޝްހޫރު ބޮޑެތި ޕްރޮޖެކްޓް ތަކަކާއި މި ކުންފުންޏާއި ގުޅުން ބޮޑެވެ. އަދި 2014 ވަނަ އަހަރު އީގަލްސް ހިލް ކިޔާ ކުންފުންޏެއް ހެދިއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޮޑެތި ޕްރޮޖެކްޓްތަކެއް ހިންގިއެވެ. 

އަލައްބާރުގެ ސިޔާސީ ހަރަކާތްތަކަކީ ތަފާތު ގުޅުންތަކެއް ފާޅުވާ ގުޅުންތަކެކެވެ. އެމެރިކާގެ ރައީސް ޓްރަމްޕް އާއި އިޒްރޭލުގެ ބޮޑުވަޒީރުން ކަމުގައި އޭރިއަލް ޝެރޯން އާއި ޝިމޯން ޕެރޭޒް އާއި އިޒްރޭލުގެ ގިނަ ގުނަ ވަޒީރުންނާއި އެމެރިކާގެ ސިޔާސީ ފަރާތްތަކާއި ވަރަށް ގާތް ގުޅުންތަކެއް އޮވެއެވެ. އަލައްބާރުވަނީ 2005 ވަނަ އަހަރުން ފެށިގެން އިޒްރޭލަށް ސިއްރު ދަތުރުތަކެއް ކޮށްފައިކަން ޔޫއޭއީގެ ރައްޔިތުންނަށް ހާމަވުމުން ބޮޑެތި މައްސަލަތަކާއި ކުރިމަތިވިއެވެ.

ޔޫއޭއީ އަކީ އިޒްރޭލާއި ގުޅުން އޮންނަ ގައުމަކަށް އޭރު ނުވުމުން ގިނަ ބައެއްގެ ފާޑުކިޔުންތަކާއި އަލައްބާރު ވަނީ ކުރިމަތި ލާން ޖެހިފައެވެ. ބައެއް ލިޔުންތަކުން ބުނާ ގޮތުންނަމަ މީނާ ވަނީ އިޒްރޭލު ސިފައިން ފަލަސްތީނުން ހުސްކުރާ ބިންތަކުގައި ޔަހޫދީންނަށް އެ ބިންތަކުގައި އިމާރާތް އަޅާދީ ވަޒަންވެރި ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރިއަށް ގެންގޮސްފަައިވެު.އެވެ.

އިޒްރޭލުގެ ބިންތައް ދޫކޮށްދާ ރައްޔިތުންގެ ބިންތައް ގަނެ ޑެވެލޮޕް ކުރާ ކަމުގެ ތުހުމަތު އަލްޖަޒީރާގައި 19 ފެބްރުއަރީ 2005 ވަނަ އަހަރު ޝާއިރު ކުރި ލިޔުމެއްގައި ވެއެވެ. އަދި އެ މަޝްރޫއުގެ އަގެއްކަމަށް 56 މިލިއަން އެމެރިކާ ޑޮލަރު ކަމުގައިވެސް އެ ލިޔުމުގައި ވެއެވެ. ހަމަ އެފަދައިން ދުބާއީގެ ޖޫއިޝް ކޮމިއުނިޓީއަށް ބެހުމަށް ޕްރިންޓް ކުރި ތައުރާތުގެ ސަފުހާއެއްގައި “This Torah is dedicated in honor of His Excellency Mohamed Ali Alabbar…”ލިޔެފައިވާ ކަމަށް ޓައިމްސް އޮފް އިޒްރާއީލް ގައި 5 ޑިސެމްބަރ 2018 ގައި ވެއެވެ.

މިފަދަ ގިނަ ކަންތައްތަކެއް މީނާ އާއި ބެހޭ ގޮތުން ލިޔެފައިވާ ހަބަރުތަކެއް މިއަދުވެސަ އިންޓާނެޓު ނިއުޅާލުމުން ފެންނާން އެބަހުއްޓެވެ. ބައެއް ލިޔުންތައް ބުނާ ގޮތުންނަމަ ޔަހޫދީންނަށް ގެދޮރު ހޯދާ ދިނުމުގެ ގިނަ މަސައްކަތްތަކެއް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގޮސްފައިވާ ކަމަށާއި ބައެއް ކަހަލަ މައްސަލަތަކާއި ކުރިމަތި ލާން ޖެހުނު ކަމަށް ވެއެވެ. އަލައްބާރު ވެފައިވަނީ އިޒްރޭލާއި ޔަހޫދީންގެ ކުންފުނިތަކާއި ހާއްސަ ގުޅުމަކުން ގުޅިފައިވާ ފަރާތެއް ކަމަށް 15 އޯގަސްޓު 2020 ގައި ޕޮރިން ޕޮލިސީގައި ޝާއިރު ކޮށްފައިވެއެވެ.

މަޝްހޫރު އެޕްސްޓީންއާއި އޮންނަ ގުޅުމުގެ ވާހަކަ ވައިނެޓް ނިއުސްގައި 29 އޯގަސްޓް 2020ވަނަ އަހަރުގެ ލިޔުމުގައި ވެއެވެ. އަދި މި ގުޅުންތަކުގެ ސަބަބުން ސުދާން ގައި އުފެދުުނު ހަމަނުޖެހުންތަކެއްގެ މައްސަލައެއް  އދ ގެ އައިސީޖޭ ގައި ޔޫއޭއީއާއި ދެކޮޅަށް ކުރިމަތި ވިއެވެ. އަދި ފާކިސްތާނުގެ އިސްލާމް އާބާދުގެ އެއަރޕޯޓްގެ ތަރައްގީގެ މަސައްކަތް ހުއްޓާލުމަށް ޕާކިސްތާނުގެ ރައްޔިތުންގެ އެއްވުންތަކުން ޖެހުނެވެ. 

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުންނަމަ ރަސް މާލެ ޕްރޮޖެކްޓް ހިންގުމުގެ ގާބިލުކަން އީގަލްސް ހިލްގައި ހުންނާނެއެވެ. އަލައްބާރުގެ ކިބައިގައި ވެސް ހުރެދާނެއެވެ. ނަމަވެސް ބަލާލުން ރަނގަޅު ދެ ކަމެއް މިވަގުތުވެސް ވެއެވެ. ދިވެހި ސަރުކާރުން އިއުލާނު ކުރީ 20 ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ. ނަމަވެސް އީގަލްސްހިލް.ކޮމް ގައި ސޮއި ކުރި ހަބަރު ކުންފުނީގެ ފަރާތުން ލިޔުނު އިރުވަނީ 12 ބިލިއަން ޑޮލަރަށް ކުޑަވެފައެވެ. އަދި އެ ވެބް ސައިޓުން މިހާރުވަނީ އަދަދުތައް އުނި ކޮށްފައެވެ. އުފެދުނު ހިލާފުގެ އަސްލަށް ބަލާލުން ބުއްދިވެރިއެވެ.

އީގަލްސް ހިލް ކުންފުނިން އަލްބޭނިއާގައި ރަސްމާލެ ޕްރޮޖކްޓް ފަދަ މަޝްރޫއެއް ހިންގާފައިވެއެވެ. ބޮޑު މިނުގައި 450 ހެކްޓްރެވެ. ޔޮޓް މެރީނާ އަކާއި ވޯޓަރ ފްރަންޓް އިމާރާތްތަކަކާއި ހޮޓާތަކާއި 12،000 ލަގްޒަރީ ހައުސިން އާއި ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގާފައިވެއެވެ. މުޅި ޕްރޮޖެކްޓްގެ އަގު ކަމަށް އީގަސް ހިލް ކުންފުނިން ހާމަކުރަނީ 2.5 ބިލިއަން ޑޮލަރެވެ. ރަސްމާލޭގެ ޕްރޮޖެކްޓްގެ އަގުކަމަށް ސަރުކާރުން ހާމަކުރަނީ 20 ބިލިއަން ކަމަށެވެ. ނަމަވެސް ކުންފުންޏާއި ހަވާލާދީ ދި ފައިނޭންޝިއަލް ފަދަ ހަބަރުތަކުގައި ވަނީ 12 ބިލިއަން ޑޮލަރެވެ.

އީގަލްސް ހިލް ކުންފުނީގެ ގާބިލުކަން ހުރި ނަމަވެސް ޕްރޮޖެކްޓް ތައް ލަސްވުމާއި އަގުތަކުގެ މައްސަލަތަކަކީ ވެބް ސައިޓްތަކުގައި މަދު ވާހަކައެއް ނޫނެވެ. ސުވާލު އުފެދެނީ ސަރުކާރާއި މި އަލައްބާރުގެ ގުޅުމުގެ ސާފުކަމާއި މެދު ގައެވެ. ދިވެހި ސަރުކާރުން އިޒްރޭލާއި ވަރަށް ދުރެވެ. އިޒްރޭލުގެ ޔަހޫދީން ރާއްޖެ އައުންވެސް ވަނީ މަނާ ކޮށްފައެވެ. މަނާ ކުރި އިޒްރޭލު ރައްޔިތުންގެ ވިސާ އަކަށް މި ޕްރޮޖެކްޓް ނުވާނެ ކަމަށްވެސް ދިވެހީން ދެކެއެވެ. 

ދުނިޔޭގައި މުސްލިމުންނާއި ދެކޮޅު ފަރާތްތަކުން ގިނަގުނަ ކަންކަން ކޮށްއުޅެއެވެ. ދީދާތުގެ ލެކްޗަރެއްގައި ރާއްޖޭގައި އޭނާ ވިދާޅުވިއެވެ. “ އެ ވެރިން ގައުމުތަކުގައި ހަންފެތުރުމަށް  އެ ގައުމެއްގެ ސަގާފަތާއި އާދަކާދަ އެ ގައުމެއްގެ ރައްޔިތުންނަށްވުރެ ރަގަޅަށް ދަސްކޮށް އެ ގައުމެއްގެ ބަހުން ގައިރު ދީންތައް ފަތުރާން މަސައްކަތް ކުރާނެއެވެ. އަދި އެ ހާލަތުގައި އެ ގައުމުގެ ރައްޔިތުންނަށް ރަގަޅާއި ނުބައި އޮޅޭ ވަރު ވާނެއެވެ.”

އިސްލާމީ ޖުއްބާގައި ތިބި ޖައްބާރުންނަށް ދިވެހިވެރިން ވެގެން ނުވާނެއެވެ. ދިވެހިރާއްޖޭގެ ނެހެރޫ ޖުއްބާ ލާ ސަލަފުންނާއި އަރަބި ޖުއްބާއަށް ފަރިތަ މީހުންނަށް ޔަހޫދީންގެ އެޖެންޓުން އެގެންވާނެއެވެ. ބޮނަކުއަރ ފުޅިއަކުން ފެންބޮއިގެން އަރަބި ދަސްކޮށްފައި ތިބި މީހުން އަރަބި ބަހުގެ ސައިޓްތައް ބަލާލަން ދައުވަތު ދެމެވެ.

]]>
Thu, 24 Sep 2026 10:13:14 +0500 ހަވާ
ޑޮލަރ ދަތިވީވީހެން ކަސްތަޅު އަޅުވަނީ ރައްޔިތުން https://heerasnews.com/4523 https://heerasnews.com/4523 ދިވެހިރާއްޖެ ދުނިޔެއަށް ހުޅުވިފައި ވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. ދިވެހިރާއްޖޭގެ ތަބިއްޔަތުގައި ދިވެހީންނަށް ބޭނުންވާ ހުރިހާ އެއްޗެއް އެތެރެ ކުރަނީ ބޭރުންނެވެ. އަދި ދައުލަތުގެ ޒިންމާގެ ތެރޭގައިވާ އެއް މަސައްކަތަކީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި ތެލާއި ބޭހާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ހިމެނޭހެން ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މިންވަރަށް ތަކެތި އެތެރެކޮށްފައި އަބަދުމެ ލިބޭނެ ގޮތްމެދުވެރިކުރުމެވެ. މި ތަކެތި އެތެރެ ކުރުމަށް ބޭނުންވާ ޑޮލަރު ހަމަކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އަދި އެ ތަކެތި ދައުލަތުން ކަނޑައަޅާފައިވާ މިންގަނޑުގެ ތެރޭގައި ސަރުކާރުގެ މުސާރަތަކާއި އެއްހަމަ ވާނެ ގޮތަށް ލިބޭނެ ގޮތް ހަމަޖެއްސުމަކީ ސަރުކާރުގެ ޒިންމާއެވެ. އެކަންކަން ކުރުމަށް ރައްޔިތުންގެ އާމްދަނީއިން ފައިސާ ޓެކްސްގެ ގޮތުގައި ސަރުކާރުން އަތުލައެވެ. މި މަސައްކަތަކީ ދައުލަތާއި ސަރުކާރުގެ އަސާސީ ޒިންމާއެކެވެ. 

ރައްޔިތުންގެ ބޭނުންތަކަށް ފުދޭ މިންވަރަށް ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ޑޮލަރު ލިބޭނެގޮތް މަރުކަޒީ ބޭންކުންނާއި ދައުލަތުގެ ބާރުވެރި ބޭންކުތަކުން ހަމަޖެހޭ ތޯ މަސައްކަތް ކުރަންޖެހެއެވެ. ވިޔަފާރިތަކަށް ބޭނުންވާ ޓީޓީތައް ހެދޭނެ މަގުފަހި ކޮށްދޭންޖެހޭނެއެވެ. މުދާ ހައްދަން ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ބޭންކު ރޭޓުގައި ޑޮލަރު ލިބޭނެގޮތް ހަމަޖައްސާދޭންޖެހެއެވެ. ރައްޔިތުންގެ ބޭނުންތަކަށް ފުދޭ މިންވަރަށް ޑޮލަރު ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ލިބޭނެ ގޮތް ފަހި ކޮށްދޭން ޖެހެއެވެ. 

ދައުލަތުގެ އިދާރާތަކުންނާއި ބޭންކް އޮފް މޯލްޑިވްސްއާއި އެހެނިހެން ބޭންކުތަކުން ޑޮލަރު ލިބޭނަމަ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދޭނެ ގޮތެއް ނޯންނާނެއެވެ. ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ނުލިބޭނަމަ ޑޮލަރު ލިބެން ހުރި ގޮތަކަށް ޑޮލަރު ހޯދާނެއެވެ. މަންމަ އާއި ބައްޕަގެ ފަރުވާ އަށް ބޭރަށް ފުރާއިރު ޑޮލަރު ލިބެންހުރި އަގަކަށް ޑޮލަރު ގަންނާނެއެވެ. ދަރިފުޅުގެ ފަރުވާއަށް ބޭރަށް ފުރާއިރު ރުފިޔާ ހިފައިގެން ގޮސް ކުރެވޭނެ ފަރުވާއެއް ނޯންނާނެއެވެ. އެކަމަށް ބޭނުންވާނީވެސް ޑޮލަރެވެ. ކޮންމެ އަގަކަށް ހުއްޓަސް މަޖުބޫރުވާނެއެވެ.

ކަޅު ބާޒާރު ނެތި ދާނީ ދައުލަތުން އެކަށީގެންވާ މަސައްކަތެއް ކޮށްގެންނެވެ. ބޭންކުތަކުން ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެގޮތް ފަހިކޮށްދީފިއްޔާ ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް ނޯންނާނެއެވެ.

ރައީސެވެ. ރައްޔިތުން ކުއްވެރި ނުކުރާށެވެ. ދައުލަތުގެ އިންތިޒާމުތަކުގެ ތެރެއިން ޑޮލަރުގެ ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ގޮތް ފަހިކޮށްދެއްވާށެވެ. އިގްތިސާދީ ވަޒީރު ވިދާޅުވި ވާހަކަތަކުން މިއަދު ޑޮލަރު ހުންނަންޖެހޭނީ 1970 ވަނައަހަރު ޑޮލަރު ހުރި އަގުގައެވެ. ބަންކަރިންއިން 400 މިލިއަން ޑޮލަރުވެސް އަހަރަކަށް ދައުލަތުގެ އާމްދަނީއަށް މިހާރު ލިބޭނެ ނޫންތޯއެވެ. ކުއްވެރި ވާންވީ ރައްޔިތުންނެއް ނޫނެވެ. ރައީސާއި ވަޒީރުންނާއި ދައުލަތުން ރައްޔިތުން ގަނަތެޅުވީމާވެސް ކަސްތޮޅު އަޅުވާންވީ ރައްޔިތުން ހެއްޔެވެ؟

]]>
Fri, 21 Aug 2026 06:08:03 +0500 ހަވާ
ޑޮލަރުގެކަޅުބާޒާރު މަނާ ގާނޫނާއެކު ބީއެމްއެލް ކުށްވެރިވަނީ https://heerasnews.com/4520 https://heerasnews.com/4520 ރަސްމީ ރޭޓުން ބޭރުން ނުރަސްމީ ރޭޓެއް ކަނޑައަޅާ ޑޮލަރުގެ ރަސްމީ ރޭޓުގެ އިތުރަށް %25 އާއި %30 ދެމެދުގެ އަދަދެއް ޑޮލަރު ވިއްކާ މީހަކަށް ލިބޭނެ ކަމަށް ރަސްމީކޮށް އިއުލާނު ކުރީ ދިވެހި ދައުލަތުގެ ބޭންކުންނެވެ. ސަރުކާރުން އިއުލާނު ކުރާ ގޮތުންނަމަ އަބަދުވެސް ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ ގާނޫނީ ކުށެއް ކަމުގައެވެ.

އަދި މި ފަހުން މި އެންގި އެންގުމަކީ އެ ހަނދާން ތައް ފަށްކުރުމެއް ކަމުގައެވެ. ކަން މިހެން އޮތްނަމަ، ބޭންކް އޮފް މޯލްޑިވްސްއިން ކޮށްފައިވާ އިއުލާން ދެމިއޮތް މުއްދަތުގައި ހިންގާ ކޮންމެ ސިކުންތަކަށް، ކޮންމެ މިނިޓަކަށް، ކޮންމެ ގަޑިއަކަށް އަދި ކޮންމެ ދުވަހަކަށްވެސް ބޭންކް އޮފް މޯލްޑިވްސް ޖޫރިމަނާ ކުރަން ޖެހޭނެ ކަމަށް ގާނޫނީ އިލްމު ވެރިން ހާމަކުރެއެވެ. 

ދިވެހި ދައުލަތުގެ އަމަލުތަކުން ފެންނަ ގޮތުންނަމަ ރައްޔިތުން ކުއްވެރި ކުރުމަކީ މިއަދުގެ ސަރުކާރާއި މަޖިލިސްގެ އަސާސީ ޒިންމާއަށް ވެ ނިމުނީއެވެ. ކުއްލިކުއްލިއަށް މަޖިލިހުން ފާސް ކުރާ ގާނޫނު ތަކުންވެސް ރައްޔިތުންވަނީ ކުއްވެރިއެވެ. ސަރުކާރުން ކުރާ ގިނަ އިއުލާނުތަކުންވެސް ރައްޔިތުން ވަނީ ކުއްވެރިއެވެ. ދައުލަތް ހިންގުމުގެ މުގުލުގައި ތިބި ބަބުރުންނާއި، ގަބުރުންނާއި ބުދުންނަށް ދައުލަތް ހިންގަން ނޭގުމަކީ އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަންޖެހޭނެ ކަމަކަށް ވެގެން ނުވާނެއެވެ. 

ދުނިޔޭގެ މާލީ އިދާރާތަކުން އަންގަނީ ދައުލަތުގެ ހަރަދު ކުޑަކުރާށެވެ. އިދާރީ މަސައްކަތަށް ލޯނު ނުނަގާށެވެ. އާމްދަނީއާއި ނުބައްދަލު ހަރަދު ނުކުރާށެވެ. ދައުލަތަށް ނުތަކާވަރަށް ވަޒީފާތަކަށް މީހުން ނުނަގާށެވެ. ދައުލަތުގެ ނާޗަރަންގީއަށް ދައުލަތުގެ ހަޒާނާ ހުޅުވާނުލާށެވެ. ވަޒީފާތައް މަދުކޮށް ދައުލަތުގެ ހަރަދުތައް ހަރުދަނާކޮށް ޒިންމާދާރު މާލީ ނިޒާމެއް ގާއިމު ކުރާށެވެ.

މިއަދު މިޖެހުނީ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ދެ ފުލުހުންނާއި ދެ ސިފައިންގެ މީހުން ބައިތިއްބާށެވެ. ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތައް ބިލާހަކަށްވެ، އޭރު ފެނުނު ކުލަކުލައިގެ ސިގްނަލްތަކުގެ ކުލަތައް ފަނޑުވެ ނިވިއްޖެއެވެ. ދޮގާ މަކަރާއި އޮޅުވާލުމުން ދައުލަތެއް ނުހިންގޭނެއެވެ. ރައްޔިތުންނަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެއެވެ.

ދިވެހި ދައުލަތް އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮކޮށް ވާސިލު ކޮށްދިނުމުގައި އެންމެހާ ރައްޔިތުންގެ ބައިވެރިވުން ބޭނުންވާނެއެވެ. ނާގާބިލު ސަރުކާރެއްގެ ޝިކާރައަކަށް ރައްޔިތުން ނުހައްދަވާށެވެ.

]]>
Thu, 20 Aug 2026 00:53:02 +0500 ހަވާ
ވެރިންގެ ރައުސުލްމާލަކީ ރައްޔިތުންގެ އިތުބާރު https://heerasnews.com/4460 https://heerasnews.com/4460 ހަންޑި ގަނޑުވަރު ދޮންކަމަނަ ޑްރާމާ މަތިން ކުއްލިގޮތަކަށް ހަދާން ވިއެވެ. “އަހަރެން ދާއިރު ދާނީ ކުދިންކޮޅުވެސް ގޮވައިގެން، ކަލެއަށް އުނދަގޫ ކުރާކަށް އެއްވެސް ދަރިއަކުވެސް ނުބަހައްޓާނަން” މިވާހަކަ ތަކާއި ދިވެހި ދައުލަތުގެ އުޅުމާއި ގުޅުންތައް ދިމާވާލެއް ބޮޑުކަމުންނެވެ. ދައުލަތުގެ ކުންފުނި ތަކުގެވެސް އަދި ދައުލަތާއި ވަގުތީގޮތުން ހަވާލުވެ ތިބި ވެރީންގެ ވެސް ވިސްނުން ހުރީ ދާދި މިދާކަހަލަ ގޮތަކަށް ކަމަށް ގަބޫލު ކުރެވޭ ފަދަގޮތަކަށް ވުމުންނެވެ.

މަތިން ފެށިގެން ތިރިއަށް ދައުލަތް ލޫޓުވަނީއެވެ. ދައުލަތުގެ ރިޒާވް ހުސްކޮށްލައިފިއެވެ. ދައުލަތުގެ ކުންފުނިތައް ދަރާވިކިއްޖެއެވެ. ދައުލަތުގެ މަގާމުތަކުގައި ތިބި މީހުން ބިންބިމާއި އޮޑިދޯނިފަހަރާއި ފުލެޓުތައް ގަނެ މިލްކިއްޔާތު އިތުރު ކޮށްފިއެވެ. މާދަމާގެ ޖީލުތައް ހަވާލުވާން އޮތީ ބާ ތޮށިގަނޑެކެވެ. 

ސަރުކާރު ވެރިކަމާއި ހަވާލުވި އިރު ދައުލަތް އޮތީ ދަރާފައެވެ. އެކަން އެނގި ހުރެ ހަވާލުވަމުން ދެއްކި ވާހަކަތައް އަދިވެސް ރައްޔިތުންގެ ހަނދާނުގައި ހުންނާނެއެވެ. އެހެންނަމަވެސް ކުލަކުލައިގެ ސިގްނަލުތަކުގެ އަވާގައި ރައްޔިތުން ޖައްސާ ވޯޓު ހޯދީއެވެ. ނުފުއްދޭނެހާ ވައުދުތައް ރައްޔިތުންނަށް ވީއެވެ. އެއްވެސް ދިރާސާއެއް ނެތިއެވެ.

ކަނޑުއަޑިން ޓާރމިނަލެއް 300 މީޓަރު އަޑީގައި އަޅާނެ ކަމުގެ ވައުދެވެ. ދިވެހިރާއްޖޭގެ އިގުތިސާދަށް މުޅީން އަލަށް އަހަރަކު 400 މިލިއަންޑޮލަރު ދައުލަތުގެ މާލިއްޔާއަށް އިތުރު ކުރާނެ ވާހަކައެވެ. 1970 ވަނައަހަރުގައި ޑޮލަރު ލިބޭ އަގަށް ޑޮލަރުގެ އަގުތައް ތިރިކުރާނެ ވާހަކައެވެ. ހުޅުމީދޫ ބުރިޖު އަޅާނެ ވާހަކައެވެ. ވެރިކަމަށް ހުވާކުރި ފަހުން ދެއްކި ހުރިހާ ވާހަކައަކަށް އުދައަރާ ގިރައިގެން ދިޔައީއެވެ. 

އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ވެރިކަން ކުރަނީ އަމިއްލަ ތަރިކަމުދާތަކަކާއި ހަވާލުވެ އުޅޭ ގޮތަށެވެ. ވިއްޔާ ވިއްޔެވެ. ނުވެއްޖެއްޔާ ލޫޓުވާލާ ދައުލަތުގެ މާލިއްޔާ ތިމާއާއި ތިމާގެ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނަށް ބަހާ ހުސްކުރުމެވެ. ހަނޑި ގަނޑުވަރު ދޮންކަމަނަ ބުނިހެންނެވެ. “އަހަރެން ދާއިރު ދާނީ އެހެން މީހަކު ބޭނުން ކުރާން މުކޮސްވެސް ދޫނުކޮށެވެ.”

މިއަދު ކުއްވެރިންނަކީ ދިވެހިރައްޔިތުންނަށް ހަދައިފިއެވެ. ވީ ވައުދު ތަކަށް އިތުބާރުކޮށް ވެރިކަން ދިނީ ތީއެވެ. ބޭރުގެ އަސްކަރިއްޔާ ބޭރުކުރާނެކަމަށް ވީ ވައުދަށް އެދެވުނީތީއެވެ. ސިއްރު އެގްރީމަންޓްތައް ހާމަކުރާނެ ކަމަށް ވީވައުދުތަކަށް އުންމީދު ކުރެވުނީތީއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދާދޭނެ ކަމަށް ވީވައުދު ފުއްދާނެ ކަމަށް ކުރެވުނު އުންމީދުންނެވެ. ވެރިކަމަށް ގެނެސްދޭން އެންމެ ބޮޑު ގުރުބާނީއެއްވީ މީހުންނަށް އަނިޔާވެރިވާ މީހެއްގެ ކިބައިން ފެންނާނީ އަނިޔާވެރިކަމާއި މަކަރާއި ހީލަތެވެ. ރައްޔިތުންގެ އިތުބާރަކީ ވެރިންގެ މައްޗަށް އޮންނަ އެންމެ ބޮޑު ރައުސުލްމާލެވެ. އެ އިތުބާރުގައި ކޮޅުފައިން ޖަހާމީހަކަށް އާހިރުގައި ލިބޭނީ ނަފުރަތެވެ. މާޔޫސް ކަމާއި ހިތްދަތި ކަމެވެ. ރާއްޖޭގެ އަތޮޅެއްގެ ރަށަކުން ސަރުކާރަށް ވޯޓެއް ހޯދުމަކީ ދަތި އުނދަގުލަކަށް ނޫނީ ނުވާނެއެވެ. ވެރިކަމަކީ އަމާނާތެކެވެ. ރައްޔިތުންނާއި ދެމެދު ވެވޭއަހުދެކެވެ. އަމާނާތަށް ހިޔާނާތްތެރިވާ މީހަކަށް ދެދުނިޔޭގައިވެސް ހެވެއް ނެތެވެ.

]]>
Fri, 31 Jul 2026 14:52:17 +0500 ހަވާ
ދައުލަތަކީ ވެރީންގެ މިލްކިއްޔާތެއް ނޫން https://heerasnews.com/4436 https://heerasnews.com/4436 ދިވެހިރާއްޖޭގެ ދުސްތޫރު ބުނާގޮތުން ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ. ދުސްތޫރީ ހަމަތަކުގައި މިނިވަންކަމާއި މުސްތަގިއްލުކަން ހާމަކޮށްފައިވަނީ ދިވެހީން ހިތްހަމަޖައްސާލަދޭ ބަސްތަކެއްގެ ގޮތަކު ނޫނެވެ. މިނިވަން ގައުމެއްގައި ރައްޔިތުންނަށް މިނިވަންކަން އިހުސާސްކޮށްދިނުމަކީ ދައުލަތުގެ ކަމެކެވެ. މިކަން ކުރުމަށް ސަރުކާރުތައް ހޮވައެވެ. ސަރުކާރަށް ވެރީން ހޮވައެވެ. 

މިނިވަންކަމަކީ ޖުލައި 26 ވަނަދުވަހު އަސްކަރިއްޔާ ނިކުމެ ދިދަ ނެގުމުން ފުއްދޭ ވަރަށް ވުރެ ބޮޑު ޒިންމާއެކެވެ. ގައުމެއްގެ މިނިވަންކަން ސިފަވަނީ ދުސްތޫރީ މިނިވަންކަމާއި، އިގްތިސާދީ މިނިވަންކަމާއި، ހާރިޖީ މިނިވަންކަމާއިވެސް ގުޅުވާފައެވެ. ދުސްތޫރުގައިވާ މިނިވަންކަން ދިވެހިރާއްޖޭގައި އެބައޮތެވެ. އެ މިނިވަންކަން އޮތީ ސަރުކާރާއި ސަރުކާރުގެ ހަރަދުގައި ދިރިއުޅޭ ބައެއްގެ ކިބައިގައެވެ. 

އިގްތިސާދީ މިނިވަންކަން ދިވެހިރާއްޖޭގައި އޮތްތޯ ކޮށްލަން ޖެހެނީ ސުވާލެކެވެ. މިނިވަންކަމާއި އެކު ވިޔަފާރި ކުރުމުގެ ހައްގު އޮތްނެތް މިންވަރެއް ބަލާލަން ޖެހެއެވެ. ދައުލަތުގެ ޖުމްލަ އާމްދަނީއަށް ވުރެ އިތުރަށް ހަދަރު ކުރެވެމުން ދިޔުމުގެ ނަތީޖާއިން ފެންނަނީ ދުވަހުން ދުވަހަށް ގައުމު އިގްތިސާދީ ގޮތުން އަޅުވެތިވާތަނެވެ. ލޯނު ތަކެއްގެ ދަންތުރައަކަށް ގައުމު ގަރަގުވާ މަންޒަރެވެ. ދަރަނީގެ ޝިކާރައަކަށް ގައުމާއި ރައްޔިތުން ހުށަހެޅިގެންދާ ތަނެވެ.

ދަރަނި ނެގުމަކީ އެކަމުގެ ޒާތުގައި ރަގަޅު ކަމެކޭ ނޫނެވެ. އަދި ގޯސް ކަމެކޭވެސް ނޫނެވެ. ނަމަވެސް ދައުލަތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ފޫބެއްދުމަށް ދަރަނި ނެގުމަކީ ދައުލަތުގެ ލަގަން އަތުން ދޫވެދާނެ ކަމެކެވެ. ލޯނުން ދުރު ރާސްތާއަށް އަމާޒުކޮށްގެން މަޝްރޫއުތައް ހިންގުމަކީ ގައުމާއި ހަވާލުވާ ހަވާލްދާރުންގެ ޒިންމާއެވެ. ދިވެހިރާއްޖޭ ކަހަލަ ބޭރު ގައުމުތަކަށް ބަރޯސާވާ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ބޭރުން އެތެރެކުރާ ބަޔަކަށް، ދަރަންޏަކީ ރަގަޅުގޮތުގައި ބެލެހެއްޓި މެނޭޖް ކުރަން ޖެހޭނެ އެއްޗެކެވެ. އެ ގާބިލުކަން ނެތްނަމަ ރައްޔިތުންނަށް އެވެރީން މިނިވަން ގައުމެއްގައި ކާން އެދެނީ ޒަހަރެވެ. 

ހާރިޖީގޮތުން އޮންނަން ޖެހޭ މިނިވަންކަމަކީ ދިވެހިރާއްޖެ ކަހަލަ ގައުމަކަށް އެންމެ މުހިންމު އެއް ބަހާއެވެ. އަމިއްލަ ބާރު ދެމެހެއްޓުމުގައި ގެންގުޅެން ޖެހޭ ހަމަތަކެއް ވާނެއެވެ. ބޭރު ދުނިޔެއާއި ހަމަހަމަ އުސޫލެއް ގެންގުޅުމުގެ ސަގާފަތަކީ ދިވެހީން ޒަމާނުންސުރެ ގަބޫލުކުރަމުން އައިސްފައިވާ ހަމައެވެ. އެއީ ދިވެހިރާއްޖެއާއި ދިވެހީންގެ އަމިއްލަ ވަންތަކަމަށް އިހުތިރާމް ކުރާނަމަ ތަފާތުކުރުމެއް ނެތި ދަމަހައްޓަމުން އައިސްފައިވާ މަގުޗާޓެވެ.

ދިވެހިރާއްޖޭގައި ދިވެހީންނަށް ހާއްސަކޮށް ދިވެހީންގެ ސަލާމަތީ ބާރުތަކަށް ނޭރޭނެ ތަނެއް ، ނުވަދެވޭނެ ތަނެއް ހުރެގެން ނުވާނެއެވެ. ސުވާލަކީ އެފަދަ ތަންތަން ދިވެހިރާއްޖޭގައި ހުރިތޯއެވެ. މިފަދަ ސަބަބުތައް ނައްތާލުމަކީ ވެރިންގެ އެންމެ އަސާސީ ޒިންމާއެވެ. 

ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި އޮންނަތާ ޒަމާންތަކެއް ވެއްޖެއެވެ. ދިވެހިރާއްޖޭގެ ދުސްތޫރު އެންމެ ފުރަތަމަ ލިޔުނު މީހުން މިއަދަކު ނެތެވެ. އަމަލު ކުރަމުންދާ ދުސްތޫރު ލިޔުނު މީހުންގެ ތެރެއިން ބަޔަކު މިއަދުވެސް އުޅޭނެއެވެ. ހަމައެފަދައިން ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި އެންމެ ފުރަތަމަ ބިނާ ކުރުމުގެ ތަސައްވަރު ދުށް މީހުން މިއަދަކު ނެތެވެ. އެހެންނަމަވެސް އެ މީހުންނަށް ފަހު ގައުމާއި އެކި މަރުހަލާތަކުގައި ހަވާލުވެ ގައުމު މިއަދުގެ ޖީލާއި ހަމައަށް މިނިވަންކަންމަތީ ގެނެސް ދިން މީހުން ހަވާލު ކޮށްދިން ގޮތަށް ވުރެ ފުރިހަމަކޮށް ގައުމު އަންނަން އޮތް ޖީލްތަކާއި ހަމައަށް ފޯރު ކޮށް ދިނުމަކީ މިއަދުގެ ޖީލްގެ އެންމެ އަސާސީ ޒިންމާއެވެ.

މިއަދުގެ ޖީލަށް އެ ޔަގީންކަން އޮންނަން ޖެހޭނެއެވެ. އެ މަގު ތަނަވަސް ކޮށްދޭން ޖެހޭނެއެވެ. ދައުލަތަކީ ވެރީންގެ މިލްކިއްޔާތެއް ނޫނެވެ. ދިވެހިރާއްޖެއަކީ ދިވެހީންގެ ތަނެކެވެ. ދިވެހިރާއްޖެ ހަގީގީ މިނިވަންކަމުގެ މަތީ ލަހައްޓަވާށި. އާމީން!

]]>
Sun, 26 Jul 2026 01:49:48 +0500 ހަވާ
ސިއްހީ އަސްލު ބޭސް ނުގެނެވެނީ ޔޫރަޕުގައި އުފައްދަނީ ބަޑިބޭހަށްވާތީ!؟ https://heerasnews.com/4401 https://heerasnews.com/4401 މިހާރު ސިއްޙީ އަޞްލު ބޭސް ނުއުފައްދާތީ ނުގެނެވެނީ. މިހާރު ޔޫރަޕުން އަދި އެމެރިކާއިން އުފައްދަނީ ބަޑިބޭސް…، 

ރާއްޖޭގެ ސިއްހީ ހާލަތު ދިވެހި ތާރީހުގައި ނުދާހާ ދަށަށް ގޮއްސި ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދިވެހިރާއްޖެ ނޫ ގާނޫނު އަސާސީއަކުން ފެހި ގާނޫނު އަސާސީއަށް ހިޖުރަކުރިއިރު ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ އަސާސީ ހިދުމަތެއް ކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެކި ސަރުކާރުތަކުން އާސަންދަ ކިޔާ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ނިޒާމެއް ކަނޑައެޅިއެވެ. އަދި ރާއްޖެއިން ނުލިބޭ ހިދުމަތްތަކަށް މަގުފަހި ކުރުމަށް އެންސްޕާ ކިޔާ ނިޒާމެއް ގާއިމު ކުރިއެވެ. މިއިން ކޮންމެ ނިޒާމަކީވެސް ސިޔާސީ ވެރިންނާއި ރައްޔިތުންނާއި ގުޅުވާދޭ ނިޒާމެއްގެ ގޮތުގައި ފާހަގަ ކުރެވޭ ނިޒާމެކެވެ. ސިޔާސީ ވިއަސް ކޮންމެ ހަމައަކުން ނަމަވެސް ހިދުމަތް ލިބުމަކީ ރައްޔިތުން ކުރާ އުންމީދެކެވެ. 

ވެރިކަންތަކަށް ފޫގަޅާލާ ސްޓޭޖުތަކުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މި ރާއްޖޭގައި މިހާރު ފަރުވާ ނުލިބޭނެ ބައްޔެއް އޮވެގެން ނުވާނެއެވެ. އާސަންދަ އާއި އެންސްޕާގެ ހިދުމަތް ރާއްޖޭގެ އޮޅި ހުރަސްކޮށް އަވަށްޓެރި ގައުމު ތަކުން ހިދުމަތް ހޯދާތާ ޒަމާން ތަކެއް ވެއްޖެއެވެ. ރައީސް މުއިއްޒަކަށް އަވަށްޓެރި ގައުމުތަކުން އެކަނި ހިދުމަތް ބޭނުންކުރަން ދެކޮޅު ހެދިއެވެ.

ސިއްހީ ހިދުމަތް އަވަށްޓެރިންނާއި އެއްގޮތަށް ތައިލެންޑާއި ދުބާއިއާއި ހަމައަށް ޕޯޑިއަމް ތަކުގައި ދޭން ފެށިއެވެ. ފުލައިޓް ޓިކެޓާއި ހުރުމާއި ކެއުމާއި ހޮސްޕިޓަލްގެ ހަރަދު ތަކާއި އެކު އެހީތެރިންނަށްވެސް ދިވެހިމީހާގެ ވޮލެޓު ބޭނުން ކުރާކަށް ނުޖެހޭނެކަމަށް ޕޯޑިއަމްތަކާއި ޓީވީ ޝޯވ ތަކުގައި ބުނަމުން ވޯޓު އެއްކުރަމުން ދިޔައެވެ. ވެރިކަމުގެ ތަހުތުވެސް ހޯދިއެވެ. ރާއްޖެއިން ލިބެނީ ފެންވަރުދަށް ސީ ކްލާސް ބޭސްކަމަށާއި ޔޫރަޕުބޭސް ދިވެހީންނަށް ހައްގު ކަމަށާއި އެ ބޭސް ޔޫރަޕުން އެތެރެ ކުރަން ކުރަންޖެހޭ ހުރިހާކަމެއް ކަރުދާހުގައި ލިޔެ ލިބޭނެކަން ޔަގީން ކުރިއެވެ. 

ކެމްޕެއިންތައް ނިމި ހިދުމަތް ދޭން ފެށި ހިސާބުން ކަންކަމަށް އައީ ހިދުމަތުގެ ޒަލްޒަލާއެކެވެ. އާސަންދައާއި އެންސްޕާ ހައްގު މީހަކު ނެތްހާ މަދުވީއެވެ. ސިޔާސީ އިސް ފަރާތްތަކާއި ކުރިމަތިވާ ކޮންމެ ބައްޔެއްގެ ޝިފާ ވަނީ ހޯދިފައެވެ. ޔޫރަޕު ބޭސްވެސް އެ ފަންތިއަށް ލިބެއެވެ. ނަމަވެސް އާންމު ރައްޔިތު މީހާއަށް ލިބެނީ ހަމަ ޗޯކު ކުނޑިން ހަދާ ލޭބަލް ކޮށްފައިވާ ސީ ކްލާސް ބޭހެވެ. އެންސްޕާގެ ބަޖެޓު ދިޔައީ އެމްއެމްޓީވީ އަކަށް ކަމަށް ޓީވީ ތަކުން ގޮވައެވެ. އެންސްޕާ ހީނާ ސްޕާއަށް ބަދަލުވި ކަމަށްވެސް ކިޔެވެ.

އާސަންދަ ހުސްނުވާ ގޮތަށް އޮތީ ހިދުމަތް ނުލިބޭތީ ކަމަށް ވެދާނެއެވެ. އާސަންދައިގެ ދަށުން  ބޭސްނަގާފައިވާ ބޭސް ފިހާރަތަކަށް ފައިސާ ނުލިބޭކަމަށް އެތަންތަނުން ބުނެއެވެ. ބޭހުގެ ހިދުމަތަކީ ވަކި ބައިގަނޑެއްގެ ހިތްހަމަޖެހުމަކަށްވެ ނިމިއްޖެއެވެ. ފުލުގައި ހުރީ ކުޅެވޭ ވަރަށްވުރެ ނުފޫޒު ގަދަ އަންހެނެއް ކަމަށް މީހުން ބުނެއެވެ. ހިދުމަތާއި ބޭސް ނުލިބޭ ކަމީ ހަގީގަތެވެ. 

ހެލްތު މިނިސްޓަރު އިއުލާނު ކުރީ ވޭތުވެދިޔަ ދެއަހަރާއި ބައި ތެރޭ 70،000 މީހުންނަށް ނަފްސާނީ ފަރުވާ ދީފިކަމަށެވެ. ހަމަ ރަނގަޅަށްވެސް ރައްޔިތުން މޮޔަވީ ބާވައެވެ. ނޫނީ ސަރުކާރުން މޮޔަގޮވަނީ ބާވައެވެ. ކޮންމެހެނެއް ވިޔަސް މާތްރަސްކަލާނގެ ރަހުމަތަށް އެދި ދުވާ ކުރަން ވެއްޖެއެވެ. މާތްރަސްކަލާނގެ ރަހުމަތުން ދިވެހީން އިރާދަ ކުރެއްވިއްޔާ ބާކީއެއް ނުވާނެއެވެ.

140 އަށް ވުރެ ގިނަ މަޝްރޫއު ސިއްހީ ދާއިރާއިން ކުރިއަށް ދާކަމަށް ވަނީ އިއުލާނު ކޮށްފައެވެ. ކުރިއަށް މިހާރުދާ 140 މަޝްރޫއާއި ގުޅިގެން އައީ ކޮން ބަދަލެއް ތޯއެވެ. ހެޔޮ ބަދަލެއް އައީ ކޮންކަމަކަށްތޯއެވެ. ދުވަހެއް ދުވަހަކަށް ވަނީ ގޯސް ނޫންތޯއެވެ.

ސިއްހީ 140 މަޝްރޫއު ކުރިއަށް ދާއިރު ސިއްހީ ދާއިރާގައި މިހާރު ހުރި އިދާރާތަކުގައި ވަސީލަތް ހަމަތޯ އަހާލާ ހިތްވެއެވެ. އަހަރެއްހާ ދުވަހަށް ދެމިގެންދާ ޑޮކްޓަރު ކިޔު ކުރުވެއްޖެ ތޯއެވެ. ޑޮކަޓަރުން ހަދަން އަންގާ ޓެސްޓުތައް ހަދާނެ ކެމިކަލް އެބަހުރި ތޯއެވެ. ޑޮކްޓަރު ލިޔެދޭ ބޭސް ލިބޭ ތޯއެވެ. އާސަންދަ އާއި އެންސްޕާގެ ހިދުމަތް ސިޔާސީ ވެރިންނާއި ނުލާ ހިނގާނެ ގޮތަށް އިންތިޒާމުވީތޯއެވެ. އޭ ކްލާސް ގެ ބޭސް ލިބޭތޯއެވެ. ޔޫރަޕުން ބޭސް ނުލިބެނީ އެތަންތަނުގައި މިހާރު ސިއްހީ އަސްލު ބޭސް ނުއުފައްދާތީ ނުގެނެވޭތީ ތޯއެވެ. ނޫނީ ބޭހުގެ ބަދަލުގައި ޔޫރަޕުން އަދި އެމެރިކާއިން އުފައްދަނީ ބަޑިބޭހަށް ވާތީ ތޯއެވެ.

ދައުލަތް ރައްޔިތުންގެ އަތުން ގެއްލުނީ ތޯއެވެ. އެހެން ނަމަވެސް ހައްލު އަދިވެސް އޮތީ ރައްޔިތުންގެ އަތުގައެވެ. ބާރުތައް ފެށި ދެމި އޮންނާނީ ރައްޔިތުންގެ އަތުގައެވެ. އަތުން ދާނީވެސް އެ ބާރުންނެވެ.

]]>
Thu, 16 Jul 2026 12:35:16 +0500 ހަވާ
މުއިއްޒު ފޮށިތަންމަތި ބަންނަންޖެހޭ ދުވަސް އައިސްޖެހިއްޖެ. https://heerasnews.com/4394 https://heerasnews.com/4394 އާއިލާގެ މީހުންނަކީ ކޮންމެ މީހަކަށްވެސް މުހިންމު ބަޔެކެވެ. ހާއްސަކޮށް އަނބިދަރިންނަކީ އެބައެއްގެ ހައްގުގައި އިންސާނުން ވަރަށް ގިނަ ކަންކަން ގުރުބާންކުރާނެ  ބައެކެވެ. އެ ހަގީގަތެއް ބަދަލެއް ނުވާނެއެވެ.

މުއިއްޒުގެ ވެރިކަން ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރި އެކަކު ވެއެވެ. ރައީސް ޔާމީނުގެ ނަން ނިވާފަތްގަނޑަކަށް ދައްކައިގެން ހިނގާދިޔަ ކަންކަމުގެ އިސް މޭސްތިރިއަކުވެސް ވާނެއެވެ. މާދުރާލާ ރާވައިގެން ރައީސް ޔާމީން ސިޔާސީ ހަރަކާތް ތަކުން އެކަހެރި ކުރީ ކަމަށް ފާޅުގައި ޖަގަހަ ޖަލްސާއެއްގައި އެ މީހާ ބުނާތީ އެހީމެވެ. ހަމަ އެ މޭރުމުން "އެ ބޭފުޅާގެ ދަރިކަލުންވެސް" އެ ވާހަކަ ދެއްކިއެވެ. ރައީސް ޔާމީނަށް ނިސްބަތްކޮށް އެ ބުނީ މިހާރު ޔާމީނު ހުންނާނީ ސިޔާސީ މައިދާނުން އެކަހެރި ކޮށްފައި ކަމަށެވެ.

ވަރަށް ވިސްނުން ތޫނު ހިސާބު ޓީޗަރެކެވެ. ރައީސް ޔާމީން ވެރިކަމުގައި ފުލައިޓު ޗާޓަރ ކޮށްގެން އޭރުގެ ވަޒީރު މޫސާ ޒަމީރާއި އެކު ލ. ފޮނަދޫއަށް ދިވެހި ކުކުޅު ރިހަ ކާލަން މަހަކު ދެ ފަހަރު ދިޔަ މީހެކެވެ. ބައެއް މީހުން ހިސާބު ޓީޗަރޭވެސް ކިޔައެވެ. އަދި ޓިނު ކޮންމެވެސް އެއްޗެކޭވެސް ކިޔައެވެ. އެމީހަކީ ކާކުކަން މީހަކަށް ނޯޅޭނެއެވެ. އެ ދުވަސްވެސް ދުށީމެވެ.

ދެން އޮތީ މިއަދެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިމި އުފާފާޅުކުރަންވީ ކަމެއް ހިތާމައިގެ އައު ބާބެއްގެ ފެށުމެއް ކަމެއް އެ ޕާޓީގެ މެމްބަރުންނަކަށްވެސް ޕާޓީގެ އިސް މީހުންނަކަށް ނޭގުނެވެ. ޕީއެންސީގެ އެތެރެ ކޮއިލުގެ މީހަކު ބުންޏެވެ. “މަގުސަދެއް ނެތި އޭނާ އެއްވެސް ކަމެއް ނުކުރާނެ”އެވެ. އޭނާ އިތުރަށް ބުންޏެވެ. “ ޕީޕީއެމް ޕީއެންސީގެ އެތެރޭގޭ އިންތިހާބު ތަކުގައި ކަންހިނގާ ދިޔަ ގޮތް ދުށީމެވެ. ތިޔަ ކަން ކުރަން ހުރީ ހަމަ އެ އަދުރޭއެވެ. އޭނާ ބޭނުން ނޫން ގޮތަކަށް އެއްވެސް ކަމެއް ނުނިމޭނެ އެވެ.

ބުނި މީހަކު އެބުނި ވާހަކައަށް ހަވާލާދީ އެމްޕީއަކު ބުނިގޮތުގައި “މިހާރު ސަރުކާރެއް ނެތް. އޮތީ އަމިއްލަ ސަލާމަތް ހޯދުން. މުއީޒަށް ދެވަނަ ދައުރެއް ހޯދުމަކީ ރައްޔިތުންގެ ބޮލަށް ގަރުދިޔަ އެޅުން ކަމަށް ނޫނީ ނުވާނެ. ރުހުމުގައި ބަލާލާނެ މީހަކު ނެތް. ދޮގު އިންތިހާޔަށް، ވައްކަން ހަމަ ބޯކޮށް ކުރޭ.”އެވެ. އެހެން ވީމަ އޮތީ އަމިއްލަ ސަލާމަތް ހޯދުމެވެ. އަދުރޭ އެ ޔަގީންކަން އެބަދެއެވެ. “މުއިއްޒަށް ފަހު ވެރިކަމަށް ހަވާލުވާން ޖެހޭނީ އަދުރޭ ކަމަށް ގިނަ އެމްޕީން އިއްތިފާގު ވޭ، އޭނާ ހެޔޮވާނެ” ކޮފީ މޭޒުދޮށުގައި އިނދެ ޕީއެންސީގެ އެ އެމްޕީ ބުނެލިއެވެ. 

ޕީއެންސީގައި ވެރިކަން ބޭނުން ގިނަ ބަޔަކު ތިބި ކަމީ އޮޅުވާލެވެން ނެތް ހަގީގަތެކެވެ. މިނިސްޓަރު ސައީދަކީވެސް ވެރިކަމުގެ ހުވަފެން ކުލަކޮން ބަލައިގެން ހުރި މީހެކެވެ. އާދަމް ޝަރީފަކީވެސް މަގާމުގެ ވާދަ ވެރިއެކެވެ. މިނިސްޓަރ ޝަހީމުވެސް ހުރީ މުލީއާގޭގެ ހަތަރު ފާރު ތެރޭގައި ދެ އަނބިން ގޮވައިގެން އުޅެލަން ބޭނުން ވެފައެވެ. ޝިޔާމުވެސް ދެ އަނބިން ވައްދަން ބޭނުންވަނީ ރިޔާސީ ގަނޑުވަރަށެވެ. އެންމެ ވާދަވެރި މަސައްކަތެއް ކުރަމުން ދަނީ އަދުރޭ ކަމަށާއި ޕާޓީ ތެރޭގެ އެންމެ ނުފޫޒު ގަދަ މީހަކީ އޭނާ ކަމަށް ބުނެއެވެ. 

މީހުން ބުނެ އުޅެއެވެ. ހިޔަޅަށް އަނިޔާވީމާ އެ ސޮރުވެސް ރޮމުންގޮސް ވަދެ އޮންނަނީ އެސޮރުގެ ކިއްލާއަކަށެވެ. އެއީ މަރަށް އިންތިޒާރު ކުރަނީކީ ނޫނެވެ. ޒަހަމްތަކަށް ޝިފާ ލިބި އަލުން ހަމަލާއަށް ތައްޔާރު ވާށެވެ.

ކުޅިބައި އޮތީ އަދުރޭ އަތުރާ ނިންމާފައެވެ. އިންތިހާބުގެ ބޮޑު ބައެއް ކާމިޔާބު ކުރީ އަދުރޭގެ މީހުންނެވެ. ޕާޓީގެ ކައުންސިލުން ދެން ނިމޭނީ އަދުރޭ ބޭނުން ކަމެކެވެ. މުއިއްޒު މިއަދު އެ ހުރީ ތޯލާ ފުޅިއެއްގެ ތެރޭގައެވެ. މުއިއްޒާ އެކުގައި ތިބީ މަދު އެމްޕީން ކޮޅަކާއި ޕީއެންސީގެ ކައުންސިލް ގެ ދެތިން ކެނައެވެ. ވަޒީރުންގެ ތެރެއިންވެސް ދެތިން މީހެކެވެ. ބާކީ ތިބީ މުއިއްޒުގެ އައްޔާޝީއާއި ދޮގާއި މަކަރާއި ހީލަތް ދެކެ ފޫހިވެ ރުޅިއައިސްފައިވާ ބައެކެވެ.

2023 ގެ ކުރިން މުއިއްޒުވެސް ހިމެނޭހެން ޓީވީއަށް އަރާ ރައީސް ޔާމީނު ނޫން ގޮތެއް ނެތްކަމާއި ސާބިތު ކަމާއި އެކު ފަހަތުގައި ތިބި ވާހަކަ ގޮވި އަރުޝީފުތަކުގެ ސަފުހާތަކެއް ވެއެވެ. އެ ގޮތަށް މިހާރުވެސް މުއިއްޒަށް ތާއީދު އޮތް ވާހަކަ ބުނެއެވެ. ކޮން ފަދަ އިއްތިފާގެއްތޯއެވެ. ކަމެއް ނެތްނަމަ އެ ގޮވެލި ގޮވުމުގެ ބޭނުމެއް ކޮބާތޯއެވެ.

ފުރަތަމަ މި ފެންމަތިވީ އަދުރޭއެވެ. ދުނިޔޭގައި ތިބި ބަޔަކަށް ކުޅި މަޖާ ފެންނާނެއެވެ. މަރިޔަބާއެކު ކޮށި ދަނޑުވެސް މުއިއްޒަށް ގެއްލެނީއެވެ. ފޮށިތަންމަތި ބަންނަންޖެހޭ ދުވަސް ގައިދޮށްވެ ނިމެނީއެވެ. 

]]>
Tue, 14 Jul 2026 08:03:45 +0500 ހަވާ
ވެރިކަން ލިބޭނީ ވޯޓުން | ދެމި އޮންނާނީ ރައްޔިތުންގެ އިތުބާރުން. https://heerasnews.com/4386 https://heerasnews.com/4386 ޑިމޮކްރަސީތަކުގައި ސަރުކާރަކަށް ވެރިކަމާއި ހަމައަށް ވާސިލުވެވޭނީ  އިންތިހާބު ތަކުންނެވެ. ނަމަވެސް، އެ ވެރިކަން ދެމި އޮންނާނީ ދުސްތޫރީ ހަމަތަކުގެ މަތީ ދެމިއޮތް މިންވަރެއްގެ މައްޗަށް ބަލާފައެވެ. މި އިމުން އަންގައިދެނީ ވެރިކަން ދެމިއޮންނާނީ ރައްޔިތުންގެ އިތުބާރު އެ ވެރިކަމަކަށް އޮތް މިންވަރެއްގެ މައްޗަށެވެ. 

ރައްޔިތުން ސަރުކާރާއިމަތި ކުރަނީ ދައުލަތުގެ އިދާރާތަކާއި ވަސީލަތްތަކުގެ އެހީގައި ދައުލަތާއި ރައްޔިތުންގެ މަންފާއަށް ހަދަން ޖެހޭ ގާނޫނުތަށް ހެދުމާއި، ޓެކްސް ނެގުމާއި، ލޯނު ނަގަންޖެހޭ ހާލަތްތަކުގައި ލޯނު ނެގުމާއި، ދައުލަތުގެ މުދާތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމާއި އަސާސީ ގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭން ލާޒިމު ކުރާ ހިދުމަތްތަކާއި ވަސީލަތްތައް ހަމަހަމަ ކަމާއި އިންސާފުވެރިކަމާއި އެކު ގާނޫނީ ހަމަތަކާއި އެއްގޮތަށް ފޯރުކޮށްދިނުމެވެ. 

މި ޒިންމާ އަދާކުރުމަށް ކަނޑައެޅޭ ފަރާތަކީ ދުސްތޫރީ ގޮތުން ހޮވާފައިވާ ދައުލަތުގެ މުދަލާއި ފައިސާ އާއި ވަސީލަތްތައް ގާނޫނީ ހަމަތަކާއި އެއްގޮތަށްބެލެހެއްޓުމުގެ ޒިންމާ އާއި ހަވާލުވާ ފަރާތެވެ. މި މަގާމުގެ ސައްހަކަން ބިނާވަނީ ދުސްތޫރީގޮތުން ނުވަތަ ގާނޫނުގައި އެކަން އޮތީތީއެއް ނޫނެވެ. ރައްޔިތުންގެ އިތުބާރު އެކަމުގައި ޝާމިލުވާތީއެވެ. ރައްޔިތުންގެ މި އިތުބާރުގެ އަސާސަކީ ރައްޔިތުންގެ ފަރާތުން ވެރިކަން ކުރާ ފަރާތާއި ހަވާލު ކުރާ މަގުސަދެވެ. އެ ވެރިމީހާއާއި ރައްޔިތުން ހަވާލު ކުރި ޒިންމާ ތެދުވެރިކަމާއި، ޒިންމާދާރުކަމާއި ގައުމީ މަސްލަހަތު އިސްކޮށްގެން ކުރާނެކަމުގެ އުންމީދެވެ. 

ރައްޔިތުންގެ އިތުބާރަކީ ގާނޫނަކުން ލާޒިމުކޮށްގެން ލިބޭނެ އެއްޗެއް ނޫނެވެ. އަދި އެ އިތުބާރަކީ ކިތަންމެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހަކުންވިޔަސް ރައްޔިތުންނަށް އަމަލުކުރުމަށް ލާޒިމްކޮށް ފާސްކުރެވޭނެ އަދި ގާނޫނަކުންވެސް ހޯދޭނެ އެއްޗެއް ނޫނެވެ. އެ އިތުބާރަކީ ސިޔާސީ މަގުބޫލުކަމާއި ސިޔާސީ ބާރުވެރިކަމާއި އިންތިހާބު ތަކުން ހޯދާ ކުރި ހޯދުމަކުން ދެމިއޮންނަ އެއްޗެއްވެސް ނޫނެވެ. އެ އިތުބާރަކީ އިހްލާސްތެރިކަމާއި، އަމާނާތްތެރިކަން، ހަމަހަމަކަން، ހާމަކަން ބޮޑުކަމާއި، ޖަވާބުދާރީ ވުމުގެ ރޫހު ދެމެހެއްޓުމާއިއެކު އިދާރީ ހިންގުން ފުރިހަމަކޮށް، ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެވެ. 

ސަރުކާރާއި ދައުލަތުން ނިންމާ ކޮންމެ ނިންމުމަކުންވެސް  އާންމު ރައްޔިތުންގެ އިތުބާރު ސަރުކާރުގެ މައްޗަށް އިތުރުވުން ނުވަތަ ދަށަށް ދިޔުން ހިމެނެއެވެ.

ގާނޫނު އަސާސީގެ އިންތަކާއި މިންތަކަށް ތަބާވުން، ނިންމުންތައް ފާޅުކަން ބޮޑުކޮށް ހާމަކޮށް، އާންމު މުދަލާއި ފައިސާ ޒިންމާދާރުކަމާއި އެކު ބެލެހެއްޓުމާއި، ހަރަދުތަކުގެ ތަފްސީލުތައް ހާމަކުރުމާއި، އެންމެންނާއި ދޭތެރޭ ހަމަހަމަކޮށް އިންސާފުވެރިކޮށް އަމަލުކުރުމާއި، ގާނޫނުގެ ބާރު ދެމެހެއްޓުމާއި، އަދި ވެރިކަން ކުރަނީ ސަރުކާރުގެ ނުވަތަ ވަކިވަކި މުވައްސަސާތަކުގެ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތަށް އިސްކަން ދިނުމަކީ ރައްޔިތުން އެސަރުކާރެއް ބަލައިގަނެ އިތުބާރު އާލާވާނެ ކަންކަމެވެ. ނަމަވެސް ހާމަކަން ކުޑަ ފޮރުވުން ބޮޑުވެ، ސާފުކުރަން ބޭނުންވާ މައުލޫމާތު ދިނުމުގައި ފަސްޖެހުމުގެ ނަތީޖާއަކަށް ވާނީ އިތުބާރު ގެއްލުމެވެ. 

ދައުރުގެ މެދުތެރޭގައި ބޭއްވުނު އިންތިހާބަކީ މި އިތުބާރަށް ބަލިކަށި ކަމެއް ލިބިފައިވާކަން ރަމްޒު ކޮށްދޭ އިންތިހާބެކެވެ. ދައުލަތުގެ އެތަށް ވަސީލަތެއް ބޭނުން ކުރުމުންވެސް އެދެވޭ ނަތީޖާއަކަށް ވާސިލު ނުވެވުމަކީ ވަރުގަދަ އިންޒާރެކެވެ. 

ރައްޔިތުންގެ އިތުބާރަކީ ހަމައެކަނި  ދުސްތޫރުގައި ވާތީ ލިބިފައި އޮންނަކަމެއްކަމަަށް ބަލައިގެން ނުވާނެއެވެ. އެއީ ހޯދަން ލާޒިމު ކަމެއް ކަމަށް ދެކެންޖެހެއެވެ. އިތުބާރު ގަދަވެ އާލާވާނަމަ ގާނޫނަށް ތަބާވުން އިތުރުވާނެއެވެ. ދައުލަތުގެ މުއައްސަސާތައް ބަދަހިވާނެއެވެ. އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން އިތުބާރު އިތުރުވާން މަގުފަހި ވާނެއެވެ. އިންވެސްޓްމަންޓްތަކަށް މަގު ފަހިވެ، އިންވެސްޓްތައް ހޯދުމަށް  އެހީއަކަށްވާނެއެވެ. އަދި ގައުމާއި ކުރިމަތިވާ ކަންކަމުގައި ރައްޔިތުންގެ އިތުބާރު ސަރުކާރަށް އިތުރުވެގެން ދާނެއެވެ. 

ދައުލަތާއި ސަރުކާރުތައް ގާނޫނީ މަގުން ކަސިޔާރުވެ ދުސްތޫރީ ހަމަތަކާއި ހިލާފަށް، ގާނޫނީ ތަރަހައިން ބޭރުން ކަންކަން ނިންމުމުގެ ސަގާފަތެއް އިތުރުވާނަމަ ރައްޔިތުން ސަރުކާރަށާއި މުވައްސަސާތަކަށް ކުރާ އިތުބާރު ދަށަށް ދާނެއެވެ. އެ އިތުބާރުގެ ނަތީޖާއަކަށް ވާނީ މުވައްސަސާތަށް ބަލިކަށި ވުމެވެ. މުޖުތަމައު ބައިބައިވާނެއެވެ. ރައްޔިތުންގެ ބައިވެރިވުން ސަރުކާރާއި މުއައްސަސާތަކަށް ގެއްލޭނެއެވެ. ދައުލަތުގެ އިދާރާތަކަށް ކުރާ އިތުބާރު ދަށްވާނެއެވެ.

އެހެނީ ރައްޔިތުންގެ އިތުބާރަކީ ގައުމު ހިންގުމުގެ އެންމެ މުހިންމު އެއް ރައުސުލް މާލެވެ. ގައުމުގެ ކުރިމަގަށް ބިނާ ކުރެވޭ އިމާރާތްތަކާއި އެއްފަދަ ކަމަކެވެ. މި ކަމަކީ ގާނޫނީ މުއައްސަސާތައް ފަދަ މުހިންމު ރައުސުލްމާލެއް ކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެ ރައުސުލްމާލު ރައްކާތެރިކޮށް، ބަދަހިކަމާއި އެކު އިތުރު ކުރަން މަސައްކަތްކުރުމަކީ ކޮންމެ ސަރުކާރެއްގެވެސް ދުސްތޫރީ ޒިންމާއެކެވެ.

ރައްޔިތުންގެ  އިތުބާރަކީ ކުއްލިއަކަށް ލިބޭނެ އެއްޗެއް ނޫނެވެ. އެ އިތުބާރު ހޯދުމަށް ކޮންމެ ދުވެހެއްގެ އަމަލުތައް ސީދާވާން ޖެހޭނެއެވެ. އިހުލާސްތެރިވާން ޖެހޭނެއެވެ. އަމާނާތްތެރިވާން ޖެހޭނެއެވެ. ޒިންމާދާރު ވާންޖެހޭނެއެވެ. އަދި ޒިންމާދާރު ވެރިކަމަކުން ކޮންމެހެންވެސް ހޯދަން ލާޒިމު ކުރާ ދައުލަތެއްގެ އެންމެ އަގު ބޮޑު މުދަލަކީވެސް އެ އިތުބާރެވެ. ދައުރުގެ ފަހުކޮޅުގައި ބާއްވާ އިންތިހާބުން ނޫނީ ލިބޭނީ %7 އެވެ.

]]>
Fri, 10 Jul 2026 15:58:36 +0500 ހަވާ
ވެރީންގެ ވެރީންނަކީ ރައްޔިތުން https://heerasnews.com/4384 https://heerasnews.com/4384 ދުނިޔޭގެ ނިޒާމްތަކުގެ ތެރޭގައި ދިމިގުރާތީ ނިޒާމް ބަލައިގަންފައިވަނީ ގިނަ ސަބަބުތަކެއް ހިމެނިގެންނެވެ. ނިޒާމަށް ދައުލަތާއި ރައްޔިތުންގެ އިތުބާރު ލިބުމާއި، ދައުލަތާއި ރައްޔިތުންނަށް އެ ނިޒާމުން ލިބޭ ނަފާތަކެވެ. ތިންބާރެއް ހިމެނޭ ނިޒާމެއްގައި ރައްޔިތުންގެ ކިބައިންވެސް ބައެއް ކަންކަމަށް އެދެއެވެ.

އެއްވެސް ނިޒާމަކީ ހުރިހާ ގައުމަކަށް ބިންވަޅުނަގާ ބަރާބަރު ނިޒާމެއް ކަމުގައި ނުބުނެވިދާނެއެވެ. އަދި ބައެއް ވެރީންނާއި ދިމާވުމުން ބައެއް ނިޒާމުތައް ކަމުދާމިންވަރު ރަގަޅު ވުމާއި ގޯސްވުން ހިމެނެއެވެ. ނިޒާމުތައް ގައުމުތަކުން ބަލައިގަންނަނީ އެ ގައުމެއްގެ ރައްޔިތުންނެވެ. އެ ރައްޔިތުންގެ ކުރީގެ ޖީލުތަކުގެ ގުރުބާނީއާއި ލެޔާއި ދަލުގެ ނަތީޖާއެވެ. 

ދިވެހިރާއްޖެއަކީ ވެސް ރަސްކަމާއި ރިޔާސީ ނިޒާމު ތަޖުރިބާކޮށްފައިވާ ގައުމެކެވެ.  އަދުގެ ޖީލްތަކާއި ހަމައަށް ވާސިލުވިއިރު ފުރިހަމަވެފައިވާ ރިޔާސީ ނިޒާމެއް ކަމަށް ދިވެހީން ގަބޫލުކުރާ ނިޒާމަކަށް މަރުހަބާ ކިޔައިގެން ތިބި ގައުމެކެވެ. ނިޒާމުގެ ދުޅަހެޔޮކަން ފެންނާނީ މި ނިޒާމު ބަލައިގެން އަހުލުވެރިން މި ނިޒާމުގެ އަސްލުތައް ދަމަހައްޓަން ކުރާ މަސައްކަތެއްގެ އަލީގައެވެ.

ރިޔާސީ ޑިމޮކްރަސީ ތަކަކީ އަދި ބަރުލަމާނީ ޑިމޮކްރަސީ ތަކަކީވެސް ރައްޔިތުން ބާރުވެރި ކުރުވާ ނިޒާމުތަކެކެވެ. މިނިޒާމުތަކުގެ އެންމެ އަސާސީ އެއްސިފައަކީ ދައުލަތުުގެ ވެރީންނަކީ ރައްޔިތުންކަމެވެ. މި ނިޒާމުތައް ރައްޔިތުންގެ ނިންމުންތަކަށް އިހުތިރާމް ކުރެއެވެ. އަދި ރައްޔިތުންވެސް މި ނިޒާމުތަކަށް އިހުތިރާމް ކުރެއެވެ. 

ރައްޔިތުންނަށް މި ނިޒާމްތައް ދޫކުރަނީ ވަރަށް ބޮޑެތި މަސްއޫލިއްޔަތެކެވެ. އެ ނިޒާމުތައް ފުރިހަމަކުރުމަށް ކަނޑައަޅާ މަންދޫބުންނާއި ވެރީންނަކީ ކަމަށް ގާބިލު މީހުންކަމުގައި ހަދާ ދިނުމުގެ މައްސޫލިއްޔަތެވެ. މި ޑިމޮކްރަސީތައް އުފެދި އަމަލުކުރަނީ ގިނަ ބައެއްގެ ބައިވެރިވުން ލާޒިމުކުރާގޮތަށެވެ.

އެހެންކަމުން ޑިމޮކްރަސީ ތަކުގެ ދުސްތޫރުގައި ބޮޑެތި މިންގަނޑުތަކާއި ޝަރުތުތަކެއް ރައްޔިތުންގެ މަންދޫބުންނާއި ވެރިން ކަނޑައެޅުމުގައި ހިމަނާފައި ނުހުރެއެވެ. އެބައިގެވެސް ވެރީންނަކީ ރައްޔިތުންނެވެ. 

ދައުލަތުގެ މުހިންމު މަގާމު ތަކަކީ ޝަރަފުވެރިކަން ހޯދުމަށް ނުވަތަ އިނާޔަތްތަކެއް އޮތަތީ ވާދަކުރާ މަގާމުތަކަށް ވުމަކީ ގައުމުގެ މިސްރާބު ކަސިޔާރުވާ ކަމެކެވެ. އަދި ޑިމޮކްރަސީގައި އެ ފާހަގަކުރާ ބާރުތަކުގެ ބޭނުމާއި މިނިވަންކަން ކިލަނބުވާނެ ކަމެކެވެ.

ނިޒާމުގައި ޝަރުތުތައް ކަނޑައަޅާފައި ނުހުންނަނީ ރައްޔިތުންނަށް ކުރާ އިހުތިރާމަކުން ކަމުގައި ވުމަކީ އެ މަގާމުތަކުގެ ޝަރުތެއް ނެތުމެއް ނޫނެވެ. ގިނަ ފަންނުތަކާއި ތަޖުރިބާ ނިޒާމުތައް ފައްކާ ކުރުމަށް ބޭނުން ވުމެވެ. 

ދިވެހި ދައުލަތުގެ ވެރި މީހާގެ ޝަރުތަކީ ދިވެއްސަކަށް ވުމާއިއެކު ހައްދެއް ކަނޑައަޅާފައިވާ ކުށެއް ކޮށްފައިވާ މީހެއް ކަމުގައި ނުވުމެވެ. މޮޔައެކޭ ކަނޑައެޅިގެން ލިޔެފައި ނެތްކަމުގައި ވިޔަސް ބުއްދީގެ ސަލާމަތުގެ ވާހަކަ ޝަރުތަކަށް އޮވެއެވެ.

މަޖިލިސް މެމްބަރަކަށް ވެސް އޮންނަނީ ވެރި މީހާ ހޮވުމަށް އޮންނަ ޝަރުތެވެ. މި ޝަރުތުތަކުގެ ޒިންމާ ތަފާތެވެ. މަސްއޫލިއްޔަތު ބޮޑެވެ. ރައްޔިތުންގެ އުންމީދު އަދި މާބޮޑެވެ. ބުއްދި ސަލާމަތުން ހުރުމަކީ ބަހުސަކަށް ކުޑަ ގޮހޮރާއި ހަވާލު ކޮށްލާން ޖެހޭނެ ކަމެކެވެ. ސޫލާސަރާބު ތައްޓަކުން ބާރު ލިބި ހެޔޮ ހިސާބަކަށް ބަހުސް ހިނގައިދާނެއެވެ. 

ދައުލަތުގެ އެންމެ މަތީ އޮފީހުގެ ވެރިޔާއަށް ވުމަކީ ހަމައެކަނި ފަހުރަކާއި ޝަރަފެއް ނޫނެވެ. އެ ފަހުރާއި ޝަރަފުގެ ފަހަތުގައި އޮންނަނީ ހަތަރު ފަރާތުން ބަނދެވިފައިވާ ޒިންމާ އެކެވެ. މައްސޫލިއްޔަތެކެވެ. ރައްޔިތުންނަށް ވެވިފައިވާ ވައުދުތަކެކެވެ. އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާންގެ ގަންދީ ކޮށްފައިވާ ހުވައެކެވެ. އަމާނާތްތެރި ވުމަށެވެ. ހައްގުތައް ތަފާތު ކުރުމެއް ނެތި އަދާކުރުމަށެވެ. ދައުލަތް ކުރިއެރުވުމަށެވެ. ރައްޔިތުންގެ ބަލަދުވެރި ބަފައަކަށް ވުމަށެވެ. އަސާސީ ކަންކަން ފުރިހަމަ ކޮށް ދިނުމަށެވެ. 

ރައްޔިތުންގެ މަންދޫބުންގެ ބޮޑު ލަޝްކަރެއް ރައްޔިތުން ހޮވަނީ ވެރިމީހާ ކުރާ ކަންކަން ބަލަހައްޓާ ނިޒާމުގެ ތެރޭގައި ގެންގުޅުމަށެވެ. މި ޒިންމާ އަކީވެސް ހުވައެއްގެ މަތީގައި އަދާ ކުރާ ޒިންމާއެކެވެ. 

ޑިމޮކްރަސީ ދަންނަނީ މަގާމުތަކަކާއި ބާރުތަކަކާއި ޒިންމާތަކަކާއި އެކު އަމަލު ކުރުމެކެވެ. މަގާމުތަކަށް ހޮވާނެ ފަރާތްތައް ކަނޑައަޅަނީ ރައްޔިތުންނެވެ. ނިޒާމު ބުނަނީ އެ ނިޒާމުތަކުގެ އަސާސީ މަގާމުތަކަށް ގާބިލު ތަޖުރިބާ ހުރި މީހުން ހޮވާ ދިނުމަށެވެ. އެ ނިޒާމު ފައްކާ ކޮށްދޭން ޖެހެނީ ރައްޔިތުންނެވެ. އެ މައްސޫލިއްޔަތު ނިޒާމުގެ ތެރެއިން ރައްޔިތުން ދޫކޮށްލަނީ ދައުލަތުގެ ވެރީންގެ އަތްމައްޗަށެވެ.

އެއްވެސް ވަކި ނިޒާމަކީ ކަމުނުދާ ނިޒާމެއްކަމުގައި ދެކުމުގެ ފުރުސަތެއް ނޯވެއެވެ. އަދި ވަކި ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމެއް ކަމުގައި ބަލައިގަތުމުގެ ފުރުސަތެއް ވެސް ނޯވެއެވެ. ކޮންމެ ނިޒާމެއްވެސް ފުރިހަމަވަނީ އެ ނިޒާމު ހިންގަން ތިބޭ ބައެއްގެ ގާބިލުކަމާއި ކުޅަދާނަކަމުންނެވެ. އެ ބައެއްގެ ތައުލީމާއި ތަމްރީނާއި ތަޖުރިބާއާއި ތަރުބިއްޔަތުގެ މައްޗަށެވެ.  

ނިޒާމުތަކުގެ އިސް މަގާމުތަކުގައި ތިބޭ މީހުންނަކީ ވެރީންނެވެ. އެ ވެރީންނަކީ ރައްޔިތުންގެ ހާދިމުންނެވެ. ވެރީންގެ ވެރީންނަކީ ރައްޔިތުންނެވެ. އަޑުގަދަވުމާއި، ލަދު ކުޑަވުމަކީ އަދި ހަމައެކަނި ވެރި މީހައަށް ސަނާ ކިޔާ، ޅެން ހަދާ، ވަފާތެރިކަން ދެއްކުމަކީ މަގާމުގެ ޒިންމާ އަދާ ކުރުމެއް ނޫނެވެ. އެއީ ރައްޔިތުން ހަވާލުކުރި ޒިންމާއަށް ގައްދާރު ވުމެވެ.

ވެރިންގެ މިސްރާބު ސީދާ ކުރަން ޖެހޭނީ ރައްޔިތުންނާއި ދިމާލަށެވެ. ދައުލަތާއި ދިމާލަށެވެ. އެކަން އެގޭނީވެސް ތައުލީމާއި ތަމްރީން، ތަޖުރިބާއާއި ތަރުބިއްޔަތު ހުރެގެންނެވެ. ގައުމު ހަމަ މަގުގައި ބޭއްވޭނީ ވެސް ރައްޔިތުންނަށެވެ. އެއީ ނާއިންސާފާއި އަނިޔާވެރިކަމަށް ނޫނެކޭ ބުނެ، ނޫނެކޭ ބުނަން ކެރިގެންނެވެ. ގައުމާއި ރައްޔިތުން ތަނަވަސް ވާނީވެސް އޭރުންނެވެ. ގައުމު ސަލާމަތުން ބޭއްވޭނީވެސް އޭރުންނެވެ. އަންނަން އޮތް ޖީލުތަކަށް ފަހުރުވެރި، ދުޅަހެޔޮ ރާއްޖެއެއް ފޯރު ކޮށްދެވޭނީ އޭރުންނެވެ.

]]>
Fri, 10 Jul 2026 10:55:37 +0500 ހަވާ
ދައުލަތުގެ މާލާއި މުދަލަކީ ޕީއެންސީގެ މިލްކެއްނޫން https://heerasnews.com/4372 https://heerasnews.com/4372 ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނު އަސާސީގައިވާ ކަންކަން ތަންފީޒުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ދިރާސާކޮށް ތަންފީޒު ކުރުމަކީ އެވަގުތެއްގައި ދައުލަތް ހިންގުމުގެ ޒިންމާ އާއި ހަވާލުވެފައިވާ ވެރީންގެ އަސާސީ ޒިންމާއެކެވެ. ދުސްތޫރީ ޒިންމާއެކެވެ. ވާޖިބެކެވެ. 

ދައުލަތް ހިންގުމުގެ އޮނިގަނޑު މުތާލިޔާ ކުރުމުގެ މައިގަނޑު މަގުސަދަކީ އިއްޔެއަށްވުރެ ފާގަތި މިއަދެއް ހޯދާދީ މާދަމާގެ ޖީލުތަކަށް މިއަދަށް ވުރެ ފާގަތި، ތަނަވަސް، އެކުވެރި، އުފާވެރި މާހައުލެއް ބިނާކޮށް ދިނުމެވެ. ދައުލަތުގެ އިސްތިރާޖީ ބިނާތަކާއި، ވަސީލަތްތަކަކީ ވެރީންނާއި ވެރީންގެ ވަށައިގެންވާ މީހުންގެ ހިތްހަމަޖެހުމަށް ބޭނުންކުރަން ހުންނަ ވަސީލަތާއި ތަކެއްޗެއް ނޫނެވެ.

ދައުލަތް ހިންގުމަށް ހޮވޭ ބޭބޭފުޅުންނަކީ ދައުލަތުގެ ތިޖޫރީތަކުގެ ވެރީންނެއް ނޫނެވެ. ދައުލަތުގެ ތިޖޫރީތަކުގެ ހަގީގީވެރިންނަކީ ރައްޔިތުންނެވެ. އެ ފައިސާއަކީ ރައްޔިތުންގެ ވޮލެޓެކެވެ. އެ ވޮލަޓުގައިވާ ފައިސާ ހަރަދު ކުރަންޖެހޭނީ ރައްޔިތުންނާއި ގައުމުގެ މުސްތަގުބަލަށެވެ. ވެރީންގެ ހިތްހަމަޖެއްސުމަކަށް ނޫނެވެ. އަދި ވެރީންނަށް ފައިދާ ވާނެ ކަންކަން ފުއްދުމަކަށްވެސް ނޫނެވެ. އެ ފައިސާ އަކީ ވެރިންގެ މިލްކިއްޔާތެއް ކަމަަށް ބަލައިގެން ކަންކަން ކުރުމަކީ ދުސްތޫރީ ހަމަތަކުން ބެލިނަމަވެސް ކުރެވޭނެ ކަމެއް ނޫނެވެ. 

ދައުލަތުގެ މާލީ ހިސާބުތަކާއި ތަރައްގީއަށް ކުރާ ކަމެއްވާނަމަ އެކަމެއްގެ މައުލޫމާތުތައް ހިމެނޭ ގޮތަށް ހިސާބުތައް ހާމަކުރުމަކީ ގާނޫނު އަސާސީ އަންގާ އަމުރުކުރާ ކަންކަމެވެ. މި މައުލޫމާތުތައް ހާމަ ކުރަނީ ރައްޔިތުންގެ މައުލޫމާތަށެވެ. 

ކޮންމެ ސިފައަކުން ބެލިނަމަވެސް ދައުލަތާއި ހަވާލުވާ ބަޔަކު މަގާމު ތަކާއި ހަވާލުވަނީ ވަކި މުއްދަތެއް ކަނޑައަޅައިގެންނެވެ. ނަމަވެސް ދައުލަތް ދެމި އޮންނާނެއެވެ. ރައްޔިތުންތަކެއް ދެމި ތިބޭނެއެވެ. ދައުލަތުގެ އަސާސީ މުއައްސަސާތައް ދެމި އޮންނާނެއެވެ. 

ދައުލަތުގެ މުއައްސަސާތަކަކީ ދުސްތޫރުގައި ބަޔާންކުރާ ހަމައިގެ މަތިން އަމަލު ކުރަން ހުންނަތަންތަނެވެ. އެ މުއައްސަސާތަކުގެ ޒިންމާއަކީ ފަހަރެއްގައިވެސް ވެރިމީހާ ވަށާ ވެރިމީހާގެ ދިފާއަށް ހުންނަ ތަންތަނެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތަކުގެ އެންމެ އަސާސީ ސިފައަކީ ސަރުކާރުން ކުރާ ކަންކަމަކީ ދައުލަތާއި ރައްޔިތުންގެ މަންފާއަށް ކުރެވޭ ކަންކަންކަން ކަށަވަރު ކުރުމެވެ. 

ބަޔަކު މީހުން ވެރިކަމެއް ކުރުމުގެ މާނައަކީ ދައުލަތުގެ ހަޒާނާއާއި މުއައްސަސާތަކުގެ ބޭނުން ހިފާ ވެރިފަރާތްތަކުގެ މަސްލަހަތަށް ގައުމުގެ ތަނަވަސްކަން ގުރުބާން ކުރުމެއް ނޫނެވެ. ޒިންމާދާރު ކަމާއި އެކު ދައުލަތުގެ މާލިއްޔާ ބަލަހައްޓާ ދައުލަތުގެ މުއައްސަސާތައް މެދުވެރިކޮށް ގައުމުގެ މިސްރާބު އަންނަންއޮތް ޖީލުތަކަށް މިސްރާބު ކުރުމަކީ ދައުލަތާއި ވަގުތީ ގޮތުންހަވާލުވާ ބައެއްގެ ބޮލުގައި އެޅިފައިވާ އެންމެ އެންމެ ބޮޑު އަސާސީ ޒިންމާއެވެ. އެއީ މާތްރަސްކަލާނގެ ގަންދީ ހުވާ ކުރުމުގެ އަސްލުވެސް މެއެވެ.

ހުވަޔަށް އިހުތިރާމް ކުރަންޖެހޭނެއެވެ. ގައުމަކީ ވެރީންގެ އަތްމައްޗަށް އަރާ ރައްޔިތުންގެ އަމާނާތެކެވެ. އަމާނާތަށް ހިޔާނާތްތެރިވުމަކީ އަޒާބުބޮޑު ކަމެކެވެ. މާދަމާއަށް ގައުމު ތައްޔާރު ކުރުމަކީ ވެރީންގެ ޒިންމާއެކެވެ. ހަމަ އެހެންމެ މާދަމާއަށް ވެރިންވެސް ތައްޔާރުވުމުގައި އަމާނާތަށް ހުރުމަތްތެރިވުމާއި ހުވަޔަށް ކިޔަމަންވާންޖެހޭނެއެވެ.

]]>
Tue, 07 Jul 2026 09:14:07 +0500 ހަވާ
ޕީޕީއެމް&ޕީއެންސީގެ ވެރިކަން ދެބައިވުން | ރައްޔިތުންނަށް މުސީބާތަކަށް https://heerasnews.com/4364 https://heerasnews.com/4364 ޕީޕީއެމް ޕީއެންސީ ވެރިކަމުގެ ދެބައިކުޅަ އެއްބައި ހަމަވީއެވެ. ޕީޕީއެމް ގެ ވެރިކަންތޯ ނުވަތަ ޕީއެންސީގެ ވެރިކަންތޯ ނިންމާނީ ކިޔުންތެރިންނާއި ބެލުން ތެރިންނެވެ. މައިގަނޑު ސަބަބަކަށް ހުށަހަޅާނީ ވެރިކަމަށް އަންނަން ހުށަހެޅި ސުވާލުތަކާއި، ފުއްދާނެ ކަމަށް ވައުދުވެ ހުށަހެޅި މެނިފެސްޓޯއެވެ. ނުވަތަ ވައުދު ނާމާއެވެ. ދައުރުގެ ދެބައި ކުޅަ އެއްބައި ނިމުނުއިރު ހާސިލުވި މިންވަރު ވަޒަންކޮށްލުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. 

ގައުމުތަކަކީ އެ ގައުމެއްގެ ކާބަފައިންގެ މިންނެތް މަސައްކަތުން އުފެދި މާޒީވެ ދިޔަ ޖީލުތަކުގެ އަހުންނާއި އުހުތުންގެ ކިބައިން ވާރުތަވި ތަނެކެވެ. ގައުމެއްގެ ވެރިކަން ވަޒަންކުރަނީ ހިގަމުންދާ ވެރިކަމުގެ ސަބަބުން ލިބުނު ލުއިތަކުންނެވެ. ލިބުނު ކުރިއެރުން ތަކުންނެވެ. ގައުމު އަންނަން އޮތް ޖީލުތަކަށް އަދަށްވުރެ ފާގަތިކޮށް، ދުޅަހެޔޮކޮށް ވާސިލުކޮށް ދިނުމަކީ އަދުގެ ވެރިންގެ ޒިންމާއެކެވެ. މި ޒިންމާ އަދާކުރާނެ ކަމުގެ އުންމީދާއިއެކު އިންތިހާބު ތަކުގެ އަލީގައި އެކިއެކި މަގާމްތަކަށް ވެރިން އައްޔަނު ކުރެއެވެ.

ގައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެގައުމެއްގެ ރައްޔިތުންނެވެ. ދައުރެއް ނިމިދާއިރު ރައްޔިތުން ވަޒަން ކުރަނީ އެ ދައުރެއްގައި ލިބޭ ލުއިފަސޭހަ ކަމެވެ. ގައުމުގެ ރައުސުލްމާލަށް ލިބުނު ކުރިއެރުމެވެ. އަލަށް ތައާރަފް ކުރެވޭ ސިނާއަތްތަކާއި ހިނގަމުންދާ ސިނާއަތްތަކަށް ލިބުނު ކުރިއެރުންތަކެވެ. އަސާސީ ހިދުމަތްތަކުގެ ކުރިއެރުމެވެ. ތަކެއްޗާއި ހިދުމަތްތަކުގެ އަގުތަކަށް އަންނަ ހެޔޮ ބަދަލުތަކެވެ. 

އެހެން ކަމުން ގައުމެއްގެ ކުރިއެރުން ހަމައެކަނި ފެންނަނީ އެގައުމަކުން އަހަރުން އަހަރަށް ހުށަހަޅާ ބަޖެޓުގެ ބޮޑުކަަމަކުން ނޫނެވެ. އަދި ދަރަންޏާއި ނަފާގެ ފަރަގަކުން އެކަންޏެއްވެސް ނޫނެވެ. އިގްތިސާދަށް ހުޅުވުނު އިތުރު ފުރުސަތުތަކާއި ދިރިއުޅުމުގެ ހަރަދުތަކަށް ލިބުނު ލުއިތަކަށެވެ. ވެރިންގެ ގާބިލުކަން ފެންނަނީ ރައްޔިތުންގެ ފައިސާ ހަރަދުކުރުމުގައި ވެރީން ގެންގުޅޭ އިންތިޒާމް ތަކާއި ރޭވުންތެރިކަމާއި ޒިންމާދާރު ކަމުގެ މައްޗަށެވެ.

ވެރިން ބަދަލުވާނެއެވެ. ދައުލަތް ހިންގުމަށް ކަނޑައަޅާ ފަރާތް، ވެރިންނާއި މަޖިލިސް ތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިން ބަދަލު ވާނެއެވެ. އެހެންނަމަވެސް ގައުމު ދެމިއޮންނާނެއެވެ. ރައްޔިތުންތަކެއް ދެމި ތިބޭނެއެވެ. 

ދައުލަތުގެ ފައިސާއަކީ ވެރީންގެ މިލްކިއްޔާތެއް ނޫނެވެ. ދައުލަތުގެ އިދާރާތަކަކީ ވެރީންގެ ތަންތަނެއް ނޫނެވެ. ދައުލަތުގެ ފައިސާއާއި މިލްކިއްޔާތާއި އިދާރާ ތަކުގެ ވެރީންނަކީ ރައްޔިތުންނެވެ. ވެރީންނަކީ ވަގުތީ ގޮތުން އެވެރިން އަދާކުރަން ހަވާލުވާ ޒިންމާ އަދާކޮށް ދައުރު ނިމުމުން މާޒީވާ ބެއެކެވެ. ވެރީންގެ އެންމެ އަސާސީ ޒިންމާއަކީ އެ ބައެއްގެ ދައުރު ފެށުނުއިރު ގައުމު އޮތް ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ގައުމު މިސްރާބު ކޮށް މަގުފަހި ކުރުވާުމެވެ. މާޒީވި ޖީލުތަކުން ވާސިލުވި މިއަދަށް ވުރެ ފާގަތި، މާދަމާގެ ޖީލުތަކަށް ގައުމު ފޯރުކޮށް ދިނުމަކީ މިއަދުގެ ވެރީން ދުސްތޫރީ ގޮތުން އަދާ ކުރަން ޖެހޭ ޒިންމާއެވެ. 

އުފައްދަން މި ހިސާބުން ޖެހޭ ސުވާލަކީ ވެރިން އަދާ ކުރަންޖެހޭ ދުސްތޫރީ ޒިންމާ އަދާ ކުރީ އެންމެ ރަގަޅަށް ތޯއެވެ. އިއްޔެއަށް ވުރެ މިއަދުގެ ދިރިއުޅުމުގެ ހާލަތު ވީ ރަގަޅުތޯއެވެ. އިއްޔެއަށް ވުރެ މިއަދުގެ އަގުތަށް ވީ ހެޔޮތޯއެވެ. އިއްޔެއަށް ވުރެ މިއަދު ދަރަނި ވީ އިތުރު ތޯއެވެ. އަދި އިތުރުވި ބައިތަކަށް އެކަށީގެންވާ މިންވަރެއްގެ އިގްތިސާދެއް ގައުމުގެ އާމްދަނީއަށް ވަންނާނެ ފުރުސަތު ފަހިވެއްޖެ ތޯއެވެ. މި ސުވާލުތަކާއި އެކު އެންމެ ފަސޭހައިން އަހާލެވޭނެ ސުވާލަކީ: 

  • ތަކެތީގެ އަގުތައް އުފުލުނު އިރު އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވިއްޖެ ތޯއެވެ.
  • އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަގަޅުވެ ހިދުމަތް ހަލުވިވެ ފަސޭހަވެއްޖެ ތޯއެވެ.
  • ހިދުމަތްތަކާއި އަގުތަކަށް މުގާބިލު ކުރާނެ މިންވަރަށް ބަޖެޓުގެ މަންފާ ލިބޭތޯއެވެ.
  • ދައުލަތުގެ ދަރަނި އިތުރުވިއިރު އެ އިތުރުވި ބައިން އިތުރު އިގްތިސާދީ ދޮރުތަކެއް ހުޅުވުނު ތޯއެވެ. 

މިއީ ބައެއް މަދު ކަންކަމެވެ. 

ގައުމުގެ ވެރިންނަކީ ގައުމާއި ވަގުތީގޮތުން ހަވާލުވާ ބައެކެވެ. އެއްވެސް ބައެއްގެ ވެރިކަމަކީ ރައްޔިތުންނަށް މުސީބާތަކަށްވެ ރައްޔިތުން ނިކަމެތި ކުރާ ވެރިކަމަކަށް ވެގެން ނުވާނެއެވެ. ގައުމުގެ ވެރީން ނަކީ ރައްޔިތުންނެވެ. ގައުމު ދިރި ދެމިއޮންނަން ޖެހޭނެއެވެ.

]]>
Sun, 05 Jul 2026 16:49:05 +0500 ހަވާ
ޖަނާބަށް: ނިޔަތް ގޯހީ ކާކު! https://heerasnews.com/4351 https://heerasnews.com/4351 " މީހަކު ނުވަތަ ބަޔަކު އަލްހަމްދު ކިޔަން ބުންޔަސް އެކަމާ ދެކޮޅުހަދަންޖެހޭ " މިއީ ދިވެއްސަކު ބުނުން ރަގަޅު ވާހަކައެއް ނޫނެވެ. އެހެނީ ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވާތީއެވެ. 

މިކަމުގެ ކޮންމެވެސްވަރެއްގެ ތަހުލީލެއްކޮށްލަންޖެހެއެވެ.

އަރަބި ގައުމުތަކުގައި އުޅޭ އެގައުމަށް ނިސްބަތްވާ މުސްލިމުނޫން އަރަބިން ވެސް ވަރަށް ގިނައިން އަލްހަމްދުލިއްލާހި ( އައްލޯހަށް ހަމްދުހުރި) އަރަބި ބަހުން މިއިބާރާތް ބުނެއުޅޭ، އެމީހުންގެ ތެރޭގައި އުޅޭ މުސްލިމުންވެސް އަރަބިން އެމީހުންނަށް ޖަވާބުދީ އުޅެއެވެ.

ސުވާލަކީ އެއްވެސް ދިވެހިރައްޔިތަކަށް ނިސްބަތްކޮށް މިފަދަވާހަކަ ބުނެވިދާނެހެއްޔެވެ. ކޮންމެދިވެއްސަކީ މުސްލިމެކެވެ. ދިވެހިންގެ މެދުގައި އޮތްއެކުވެރިކަމަށް ބުރޫއަރާފަދަ ބަހުރުވައިން ވާހަކަ ދެއްކުމަކީ މުޅި މުޖްތަމަޢުއަށް އެކަމުގެ ނު ރަގަޅު އަސަރުކޮށް، ނުރައްކަލާއި ފިތުނަވެރިކަން އާއްމުވެދާނެކަމެކެވެ. މިއީ ނުރައްކާތެރި އަދި ބިރުވެރި ވާހަކައެކެވެ. 

މީހަކު ހެޔޮކަމެއްގެ ގޮތުގައި އައްލޯހަށް ހަމްދުކުރަން ބުނުމުން، އެކަމާ ދެކޮޅުހެދުމަކީ މުސްލިމެއްގެ ކިބައިން ފެނިގެންވާނެ ސިފައެއް ނޫނެވެ.

(އައްލޯހަށް ހަމްދުހުރި) ކިޔުމަކީ އިސްލާމްދީނުގެ އެންމެ މުހިންމު އެއްއަސާސެވެ. ކޮންމެ ނަމާދެއްގެ ކޮންމެ ރަކުއަތެއްގައި ސޫރަތުލް ފާތިހާ ކިޔެވުން ވާޖިބުވާއިރު، އޭގެ ފެށުމަކީވެސް ހަމްދުކުރުމެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން މުސްލިމަކަށްނޫނި ދިވެއްސަކަށް ނުވެވޭނެއެވެ. ރާއްޖޭގެ ސިޔާސި ޕާޓީތަކުގައި އިސްލާމްދީނާ ހިލާފު ކަންކަން ކުރާކަމުގައި ވާނަމަ، އެކަންކަމަކީ ތަހުގީގު ކުރަންޖެހޭނެ ކަމެކެވެ. އަދި އެޕާޓީއަކާމެދު ފިޔަވަޅު އެޅެންވެސް ޖެހެއެވެ. އެހެންނޫންނަމަ އެފަދަ ވާހަކަ ތަކަކީ މުޖްތަމަޢުގެ ފިތުނަ އުފެއްދުން ނޫންކަމުގައި ނުވާނެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ މިސްކިތް ތަކުގެ އިމާމުކަން ހަވާލުކުރަންޖެހޭނީ އެއިރެއްގައި ވެރިކަމުގައި އޮންނަސިޔާސީ ޕާޓީއަށް ނިސްބަތްވާ އިމާމުންނަށް އެކަނި ހެއްޔެވެ.

ސިޓީ ކައުންސިލުތަކުގެ ބެލުމުގެ ދަށުގައި މިސްކިތްތައް ހުންނަންޖެހޭ ސަބަބަކީ ކޮބާ ތޯއެވެ.

މަޖިލީހުގައި މެމްބަރަކު ދައްކަވާ ވާހަކަފުޅަކީ އަދައިގެ ވާހަކައެއް ކަމުގައި ބަލައިގެން ނުވާނެއެވެ. އެ މެމްބަރު ތަމްސީލު ކުރަނީ ޖަމާއަތެކެވެ. އެއީމާނައެއް އެކުލެވިގެންދައްކަވާ ވާހަކައެއް ކަން ގަބޫލު ކުރަން ޖެހެއެވެ. އެއީ އެމީހަކު ގަބޫލު ކުރާގޮތް ނުވަތަ އެބަޔަކު ނުވަތަ ޖަމާއަތެއް ގަބޫލުކުރާގޮތް ހާމަކޮށްދިނުންކަމަށް ވިއަސްވެސް މެވެ.

ދެންއޮތީ އެވިދާޅުވާ "އެމީހުންނިޔަތް ގޯސްވާހައެކެވެ." މީހުންގެ ނިޔަތުގައިވާ ކަންކަން އެގުމަކީ އާއްމު އިންސާނަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. އިންސާނުންގެ ކިބައިގައި އެ ގަާބިލު ކަމެއް ނުވެއެވެ. ހަގުރާމައެއްގައި ޝަހާދަތް ކީފަހުން ބޭކަލަކު މަރާލުމުގެ ހާދިސާގައި، މާތް ރަސޫލާއަރިހުގައި އެވާހަކަ ދެންނެވުމުން އުސާމާގެފާނާ މުހާތަބު ކުރައްވާ ރަސޫލާ ހަދީސް ކުރެއްވިއެވެ. ޝަހާދަތް ކީފަހުން މަރާލީ ކީއްވެގެންތޯއެވެ. އުސާމާ ވިދާޅުވީ އޭނާ ޝަހާދަތް ކިޔާފައިވަނީ ހަތިޔާރުދެކެ ބިރުން ކަމުގައެވެ. އެއީ މަރާލަފާނެތީ ބިރުންނެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. "އޭނާގެ ހިތް ފަޅައި ބެއްލެވީމުތޯއެވެ؟ މާނައަކީ އިންސާނުންގެ ހިތްތަކުގައިވާ އެއްޗެއް ދެނެގަތުމަކީ އެއްވެސް މީހަކަށް ކުޅަދާނަ ކަމެއް ނޫން ކަމެވެ. އެހެންކަމުން، މީހަކު ދުލުން ބުނާ ބަހަށް (ބޭރުފުށަށް) ބަލައިގެން ހުކުމް ކުރަންޖެހެއެވެ.

"އެދުވަހު އިސްލާމްވިނަމައޭ ހިތަށްއެރިއެވެ". 

އުސާމާގެފާނު މިހެން ވިދާޅުވީ، ރަސޫލާ ﷺ ކޯފާވިލެއް ބޮޑުކަމުންނާއި، ކުރެވުނު ކުށުގެ ބޮޑުކަމުންނެވެ. އިސްލާމްވާ ހިނދު، އޭގެ ކުރިން ކޮށްފައިވާ ހުރިހާ ފާފައެއް ފުހެވިގެންދެއެވެ. އެހެންކަމުން، އެކަލޭގެފާނު އެދިވަޑައިގަތީ އެ ބޮޑު ފާފަ ފުހެވިގެންދާނެ ގޮތެއް މެދުވެރިވުމަށެވެ.

މިއަދު ސޯޝަލް މީޑިއާގައްޔާއި އާންމު ދިރިއުޅުމުގައި، މީހަކު ހެޔޮ ބަހެއް ބުނިކަމުގައި ވިޔަސް ނުވަތަ ރަނގަޅު ކަމެއް ކުރިކަމުގައި ވިޔަސް، "އޭނާ އެއުޅެނީ ދެއްކުންތެރިވާށެވެ" ނުވަތަ "އޭނާގެ މަގުސަދަކީ އެހެން ކަމެކެވެ" ބުނެ ނިޔަތާމެދު ސުވާލު އުފެއްދުން ވަނީ އާންމުވެފައެވެ.

އިޝާރާތްކުރެވުނު ހަދީސްފުޅުން އެނގެނީ މީހެއްގެ ހިތް ފަޅައި ބެލުމުގެ ބާރު ނުވަތަ ހިތުގައި ފޮރުވިފައިވާ ހަގީގަތެއް އެއްވެސް އިންސާނަކަށް ލިބިފައިވާ ބާރާއި ކުޅަދާނަ ކަމުގެ ތެރޭގައިނުވާކަމެވެ.

މީހުން ދީނުން ބޭރުކުރުން: މިއީ މިއަދުގެ އިސްލާމީ މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ފިތުނައެވެ. އެކިއެކި ހިޔާލުތަފާތުވުންތަކާ ހުރެ، އެކަކު އަނެކަކު ދީނުން ބޭރުކުރުމާއި، މީހުންގެ އިސްލާމްކަމާ މެދު ސުވާލު އުފެއްދުން ވަނީ ގިނަވެފައެވެ. މީހުންގެލެޔާއި، އަބުރާއި، މުދާ ހުރުމަތްތެރިވެގެންވާކަން ހަދީސުން ސާބިތުވެއެވެ.

ބޭރުފުށުގެ ހުކުމް: އިސްލާމްދީނުގެ އަސާސަކީ މީހުންގެ ބޭރުފުށަށް ބަލައިގެން ހުކުމްކުރުމެވެ. އެމީހެއްގެ އެތެރެފުށް ބެއްލެވުން ވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަން ހިފެހެއްޓޭނީ މީހުންނާ މެދު ހެޔޮގޮތުގައި ދެކިގެންނެވެ.

ރައްޔިތުންގެމަޖުލީހުގައި ކަންހިގާ ގޮތަށްބަލައި ކުރުންލާޒިމުކަމަކީ މަޖުލީހުގެ މެމްބަރަކަށް ވުމަށް ޝަރުތުތަކެއް ކަޑައެޅުމެވެ. އެހެނީ މަޖްލީހުގައި ކުރެވޭކަމަކީ ކަންކަމަށް މަޝްވަރާކުރުމެވެ. ބަހުސް ކުރުމެވެ. މަޝްވަރާއަކީ މުޖްތަމައުގެ ކަންކަން ރަގަޅުކުރުމަށް ލަފަޔާއި ހިޔާލު ހޯދުމެވެ. ލަފާހޯދަންޖެހޭނީ އެކަމަށް ހޮވާލެވޭ ހާއްސަ ބޭފުޅުންކޮޅުންގެ މަޝްވަރާތަކާއި ބަހުސްތަކުގެ ނަތީޖާއިން އެބޭފުޅުންގެ ފަރާތުންނެވެ. އަދި އެބޭފުޅުންގެ މަޝްވަރާގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި، އެބޭފުޅުންގެ ކިބައިގައި އަސާސީ ޝަރުތަކެއް ފުރިހަމަވުން ލާޒިމުވެގެންވާކަމަށް އިލްމުވެރިން ވިދާޅުވެފައިވެއެވެ.

އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ބައެއް ޝަރުތުތަކަކީ:

  • ރިވެތި އަހުލާގު
  • ތެދުވެރިކަމާ ޢަދުލުވެރިކަމާ އަމާނާތްތެރި މީހަކަށްވުން.
  • އިލްމުވެރިކަން
  • ކަންކަމުގެ ހަގީގަތް ދެނެގަނެވޭނެ ފަދަ ތައުލީމާއި ހޭލުންތެރިކަން ހުރުން.
  • ބުއްދިވެރިކަމާއި ހިކުމަތްތެރިކަން
  • މަސްލަހަތު ރައްކާތެރިކޮށް، ރަނގަޅު ގޮތް ނިންމުމުގެ ގާބިލުކަން ހުރުން
]]>
Thu, 02 Jul 2026 12:02:40 +0500 ހަވާ
ރައީސް މުއިއްޒަށް: ވޯޓް ދެވޭނީވެސް ސިއްހަތު ސަލާމަތުން ތިބެގެން https://heerasnews.com/4347 https://heerasnews.com/4347 ދިވެހިރާއްޖެއިން މީސަލްސް ނައްތާލުމުގެ ފަހުރު 2017ގައި ރާއްޖެއަށް ވަނީ ލިބިފައެވެ. ރާއްޖޭން މީސަލްސް ނައްތާލެވުމުން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ދިން ސެޓުފިކެޓާއި ހަވާލުވީ ރައީސް ޔާމީންގެ ސަރުކާރުގެ ހެލްތު މިނިސްޓަރު އަބްދުއްލާ ނާޒިމް އިބްރާހީމެވެ.

ރާއްޖެއަށް ލިބުނު މީސަލްސް ނައްތާލިކަމުގެ ސެޓިފިކެޓަކީ އެތައް ދުވަހެއްގެ މަސައްކަތެކެވެ. ވެކްސިން ދިނުމާއި ބަލި ރެކޯޑް ނުކުރެވޭތާ ދުވަސްތަކެއް ވުމުން ލިބޭ ލިޔުމެކެވެ. ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ކުރިއެރުމެކެވެ. ފަހުރެކެވެ. ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އިތުބާރެކެވެ. 

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ފާލުން ނެއްޓޭން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. އެހެން ނަމަވެސް މުއިއްޒު ވެރިކަމާ ހަވާލުވީފަހުން ރައްޔިތުންގެ ތެރޭގައި އެއަޑު ގަދަވެއްޖެއެވެ. ކަންބޮޑުވާ ވަރަށް ސިއްހީ ނިޒާމް ބޮއްސުން ލައިފިއެވެ. ބޭސް ނުލިބުމާއި ޑޮކްޓަރު ބޭނުންވާ ޓެސްޓުތައް ހެދޭނެ ކެމިކަލް ނެތުމާއި ޑޮކްޓަރަށް ދައްކާ ކިޔު ދިގުވުމާއި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ އާބާތުރަ ނުފިލުވުމުގެ މައްސަލައާއި އަޅާނުލެވުމުގެ މައްސަލަ ތަކެވެ.

ބައެއް ނޫސްތަކުން ފެންނަގޮތުންނަމަ ޑޮކްޓަރު ލިޔެދޭން ޖެހޭނީ ރާއްޖޭގައި ލިބެން ހުންނަ ބޭހެވެ. ހަދަން އަންގަންޖެހޭނީ ރާއްޖެއިން ހެދޭނެ ޓެސްޓުތަކެވެ. އާސަންދައާއި އެންސްޕާ އަކީ މާ މަތީ ބަޔަކަށް ހައްގުވާ އެއްޗަކަށްވެ ހިދުމަތްތަކުން މަހުރޫމުވެފައިވާ ބަޔަކު އުޅޭތީ އެ ވާހަކަތައް ސޯޝަލް މީޑިއާއިން އިވި، ފެންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

ބަލި ޖެހޭނެއެވެ. އެ ބަލިން ދިފާއު ނުވެވޭނަމަ އެ ބަލިތަކަށް ލިބެންޖެހޭ ފަރުވާ އިންތިޒާމް ކުރުމަކީ ދިވެހިރާއްޖޭގެ ސިޔާސީ ސިޔާސަތު އުނގަންނާދޭ ފިލާވަޅުތަކެކެވެ. އެހެން ނޫން ނަމަ ހޮސްޕިޓަލުތައް މަދުކޮށް ސަހަރާތައް އިތުރު ކުރަންވީއެވެ. މިއަދުގެ ވެރިއަކީ ސަހަރާތައް ނައްތާލުމުގެ ރެކޯޑް އޮތް ބޭފުޅެކެވެ. އެހެންނޫން ނަމަ ސިއްހީ ހިދުމަތުގެ ފެންވަރު މަތިވާން ޖެހޭނެއެވެ.

މިއަދު ދިވެހިރާއްޖޭގައި ފަސޭހަ ކަމާއި އެކު ފެތުރޭ ހުރިހާ ބައްޔެއްހެން އެބައުޅެއެވެ. މިފަދަ ބަލިތަކުގެ ހާއްޔަކަށް ރާއްޖެ ވެއްޖެއެވެ. ނެތީ ކޮންޓްރޯލްކުރާނެ ފޯމިއުލާއެވެ. އެ ވިސްނުމެވެ. މަގާމުތަކުގެ އަދަދުތައް އިތުރުވިއިރު ހިދުމަތުގެ ފެންވަރު ދިޔައީ ދަށަށެވެ. 

މީސަލްސް ރާއްޖެއިން ނެތި ދިޔައީ ބަޔަކު މީހުން ހިކުމަތްތެރިކަމާއި އެކު ކުރެވިދިޔަ ބުރަ މަސައްކަތަކުންނެވެ. އެންމެހާ ދިވެހީންގެ ހައްގުގައެވެ. 2017 ވަނައަހަރަކީ ރައީސް ޔާމީނުގެ ވެރިކަމުގެ 4 ވަނައަހަރެވެ. އެ ދުވަސްވަރަކީ ސިއްހީ ހިދުމަތުގެ ރާއްޖެއަށް ބަހާރު މޫސުން ކަމަށް ގަބޫލު ކުރަން ޖެހެއެވެ. 

2023 ވަނައަހަރުގެ ބަދަލުގެ ނަތީޖާ ރައްޔިތުން ތަހައްމަލު ކުރަން މިޖެހުނީ ސިއްހީ ހިދުމަތްތައް އޮޕްޝަނަލް ކަމެއްގެ ގޮތުގައެވެ. ދައުލަތުން ލިބެންޖެހޭ ހިދުމަތެއްގެ ގޮތުގައި އޮތްއޮތުމަށް ފުށުއެރުންތަކެއް ކުރިމަތިވި ދައުރަކަށެވެ. ދިވެހިރާއްޖޭގައި މިއަދު ވިހާ ކުދިންގެ އަދަދަށްވުރެ ބަލީގެ ވައްތަރުތައް އިތުރު ކަމަށް މީހުން ކިޔާތީ އިވެއެވެ.

ނަލަނަލަ ވައުދުތަކެއް ވިއެވެ. އާސަންދަ އާއި އެންސްޕާގެ ފިޔަގަނޑު ބެންކޮކާއި ޑުބާއީއަށެވެ. ބޭހުގެ ކްލާސް ޔޫރަޕަށެވެ. މިގޮތަށް ވަމުންވަމުން ގޮސް ނުވާ ވައުދެއް ނެތެވެ. ރައްޔިތުންނަށް ލިބުނީ އަވަށްޓެރި ގައުމެއްގެ ޕެނަޑޯލް ގުޅައަކާއި ބާމު ފުޅިއެކެވެ. އެވެސް ޓެކްސަށް ފައިސާ ދައްކާ ގޮތަށެވެ.

2017 ވަނަ އަހަރުގެ ކުރިއެރުން ފަހަތަށް ޖެހުމުގައި އިހުމާލުވާނޭ ފަރާތްތަކެއް ވާނެކަމަށް ފުރިހަމަ އިންސާނީ ބުއްދިއަށް ގަބޫލު ކުރެވޭނެއެވެ. ބޭރު މީހުންގެ ހެލްތު ސްކްރީން ކުރުމުން ފެށިގެން ލިބެންޖެހޭ ހިދުމަތް ފޯރުކޮށްދިނުމުގެ ނުކުޅެދުންތެރިކަން ސަބަބަކަށް ނުވެ ނުދާނެއެވެ. މީސަލްސްއަށް ޖަހާނެ ވެކްސިންކޮޅު ގަނެވޭނެ ހަކަތަ ދައުލަތުގެ ބަޖެޓުގައި ނެތްކަމަށް ވީ އިއުތިރާފަކީ ރާއްޖެއަށް ކުރި މަލާމާތެކެވެ.

ޑޮލަރުން ޓޫރިސްޓު ހަރަކާތްތަކަށް އާމްދަނީ ވަންނަ ގައުމަކަށް އޮތް ހުތުރެކެވެ. ބަންކަރިންނާއި އިންވެސްޓާރސް ބޭންކުގެ ނަފާ ނެތްކަމަށް ދަލީލުކޮށްދޭ އިސްރާފެކެވެ. ރައްޔިތުން މާޔޫސްވާ ހިސާބަށް ގައުމުގެ އަމާނާތްތެރިންގެ އިހުމާލު ބޮޑުވެއްޖެއެވެ. އަމާނާތަށް ހިޔާނާތްތެރި ވެއްޖެއެވެ.

އިސްލާހުވެ އިސްލާހު ކުރައްވީ ވަގުތު އަދި ނުޖެހެނީ ތޯއެވެ. 2027 އާއި 2028 ގައި ވާނެ އިތުރު ވައުދަތައް ލިޔުން ހުއްޓާލާން ވެއްޖެއެވެ. ރައްޔިތުންގެ އިތުބާރުގެއްލިއްޖެއެވެ. ޒިންމާދާރުވާށެވެ. ދިވެހި ދަރީންގެ ސިއްހަތް ގުރުބާން ނުކުރައްވާށެވެ. ވޯޓަކަށް ދާނަމަ ވޯޓު ދޭނީ އަދިވެސް އެ ރައްޔިތުންނެވެ.

]]>
Wed, 01 Jul 2026 11:35:15 +0500 ހަވާ
ހިޔާވަހިކަމުގެ ދަޅަދައްކަނީ ހަދާ ގޯސްތައް ފޮރުވުމަށް https://heerasnews.com/4339 https://heerasnews.com/4339 ބަކަރިތައް ދުވާ މަންޒަރު ފެނި ދާތަން ބަލަން ފަހަތުން ދިޔަ ދުވަހެކެވެ. ފަތްކޯނިތަކެއް ސާހިބު މީހާ ގެނެސްފައިވާ ތަން ފެނުނެވެ. ދެތިން ބަކައްޓެއް ފަތްކޯނިތައް ހުރިތަނަށް ނުގޮސް ތިއްބާ ފެނިގެން އަތުގައި އޮތް ދަނޑި ބުރިއަކުން ދެ ބަކަރީގެ ފޫކޮޅުގައި ޖެހައިފިއެވެ. ބަކަ ބަކަ ގޮވާލާފައި ދުއްވާގަތީ ފަތްކޯޅިތައް ހުރި ތަނަށެވެ. އެ ދެބަކަރި ފުރަތަމަ އެތަނަށް ނުދިޔައީ ހައިވެފައި ނެތީމާ ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އެވަގުތު ހިތަށް ވެރިވެ ގަތެވެ. މި ބަކަރިތައް ގެންގުޅޭ މީހާއަށް މި ބަކަރިތަކުގެ ގޮތާއި ފޮތާ އެގެނީ ތާއެވެ.

ކޮންމެ އަކަސް ޖަނަވާރުވެސް ދުވަނީ އެބަކައްޓެއްގެ ހައި ހޫނު ކަމަށް ބަލާފައެވެ. އިންސާނުން ތަފާތު ވާނެ ކަމަށް ވިސްނުނެވެ. ހަގީގަތާއި ހަމައަށް ކޮނެލި އިރު ގިނައީ ހަމަ އެއްކަހަލަ ވިސްނުމަކަށެވެ. ކާން ލިބުމާއި ކާން ލިބޭނެ ކަމުގެ އުންމީދަކާއި ބިރުވެރި ކަމުގެ ނުވަތަ ލިބިދާނެ އަނިޔާއަކުން ސަލާމަތް ވުމެވެ. ގައުމުތަކުގައި އިންސާނުން ކޮންޓްރޯލް ކޮށް އުޅުމުގައިވެސް މި އުކުޅު ބޭނުން ކުރެއެވެ. ދިވެހިރާއްޖެ ވަކީން އިސްތިސްނާ ވާން ޖެހޭ ސަބަބެއް ނެތެވެ. ސަރުކާރުތަކުން ރައްޔިތުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ ކާނެ އެއްޗެއް ދިނުމާއި ލިބިދާނެ ގެއްލުމަކުން ސަލާމަތްވުން ފަލްސަފާއެއް ކަމަށް ބަލައިގެންނެވެ. 

ދިވެހިރާއްޖެއަކީ ސުލްހަވެރިކަމަށް ނުހަނު ލޯބި ކުރާ ކިޔަމަންތެރި ދަރިން ތަކެއް އުޅޭ ގައުމެކެވެ. މި ދަރީންގެ ނަހަމަ ފައިދާ ނެގުމަކީ ތާރީހީ ކަމެކެވެ. ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖެ ދުވަނީ ފަހަތު ގިޔަރުގައެވެ. ގައުމެއްގެ ގޮތުގައި ދައުލަތް ހިންގާނެ ތޫނު ފިލިކަން ވެރިންގެ ނެތްކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މި ނާގާބިލުކަން ފޮރުވޭނީ ހަދިޔާ ލިބޭނެ ކަމުގެ އުންމީދު ދިނުމާއި އަނިޔާ ލިބިދާނެ ކަމުގެ ބިރުގެ ތެރެއިންނެވެ.

ދިވެހިންގެ ވޮލެޓުތައް ހުސްވެއްޖެއެވެ. ބަދިގޭގެ ދަޅުތައް ހުސްވެއްޖެއެވެ. ތަކެތީގެ އަގުތައް އުފުލުނީއެވެ. އަނގަޔާއި އަތާ ދިމާ ކުރުން އުނދަގުލަކަށް ވީއެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ ފުދުންތެރި ދިރިއުޅުމެކެވެ. އެންމެ ފުރަތަމަ ކައިބޮއި ހެދުމެވެ. ދެން ބޯ ހިޔާވަހި ކަމެކެވެ. މި ބޯހިޔާ ވަހިކަމުގެ އަޖަލުގައި ދިވެހީން ޖައްސުވާފައިވާ ޒަމާނަކަށް މި ދުވަސް ވަރު ވެއްޖެއެވެ.

ސަރުކާރުގެ ގޯސްތައް ފޮރުވަނީ ބޯހިޔާވަހިކަމުގެ ދަޅައިންނެވެ. 58،000 މީހުންގެ އުންމީދަކީ ބޯހިޔާ ވަހިކަމެކެވެ. އޭގެ ކުރީން ކުރީ ސަރުކާރުން ދޫކުރި ބިންބިމާއި ފުލެޓު ތަކެވެ. ސަރުކާރުގެ ގޯސްތައް ސިއްރުކުރަނީ “ އިއުލާނު ކޮށްފި، ހުޅުވާލައިފި، ފުރުސަތު” މިކަހަލަ ކަންކަމުންނެވެ. ގޯތި ދޫކުރަން ނިންމި ތަނެއް ވުޖޫދުގައި ނެތެވެ. ފުލެޓުތައް ބަހަން ހުޅުވާލި ތަންތަނަށް ބިން ލިބިފައެއް ނެތެވެ. އެހެން ނަމަވެސް ބަހާވަރުން ބަހަނީއެވެ. އިއުލާނު ކުރާވަރުން އިއުލާނު ކުރަނީއެވެ. މި ސަރުކާރަށް ބާކީ އޮތީ ދެ އަހަރެއްހާ ދުވަހެވެ. ކަރުދާހުގައި ބިން ދީފައި ސެޓިފިކެޓެއްގައި ފުލެޓު ދިނީމާ ދިރިއުޅެންވީ އެ ކަރުދާސް ގަނޑު މަތީގައިތޯ އަހާ މީހުންގެ ނިސްބަތް އިތުރުވެއްޖެއެވެ. 

ދިވެހީންނަކީ ތޫނު ފިލިބައެކެވެ. އެއާއި އެކު އޮތް ފުރުސަތުތަކަށް ބަލަބަލާ ތިބޭ ބައެއްވެސް މެއެވެ. ދިވެހީންގެ ބޮޑު އިންސައްތައެއް ގަބޫލު ކުރަނީ އެއްވެސް ސަރުކާރަކުން ހަވާލު ކުރާ ބިމެއް ނުވަތަ ފުލެޓެއް ވިޔަސް ކޮންމެވެސް ޒަމާނަކުން ލިބޭނެކަމަށެވެ. އެއީ ހަގީގަތެވެ. ލިބޭނެއެވެ. ލިބޭނީ ކޮން ދުވަހަކުންކަން އެގޭނެ މީހަކު ނެތީއެވެ.

58،000 ބިން ކަރުދާހުގައި ލިބޭނެއެވެ. އަދި އެތައް ހާސް ފުލެޓެއްވެސް ލިބޭނެއެވެ. ނަމަވެސް ފުލެޓު ލިބޭނީ ފުރަތަމަ ބިންގާ މަތީ ގާ ބުރިއެއް ނަމަވެސް ބާއްވައިގެންނެވެ. ގޯތި ދެވިދާނެއެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑެވެ. ކަނޑު ރަސްގެފާނާއި އެއްބަސް ވުމެއް ހެދުމުގެ މަރުހަލައިގައި ސަރުކާރު އުޅެނީ އަވަދިނެތި ކަމަށް ވުން ގާތެވެ. ދިވެހިންގެ ތޫނު ފިލިކަން އިސްކުރާން ވެއްޖެއެވެ. ބިރުވެރި ކަމާއި މާއްދިއްޔަތުގެ ދަހިވެތިކަން އެއްފަރާތް ކުރަން ވެއްޖެއެވެ. ކާބޯތަކެތި އަތްފޯރާ ފަށަށް ގެނެވޭނެ ފޯމިއުލާއެއް ހޯދަން ވެއްޖެއެވެ. 

ސަރުކާރުގެ ވިސްނުން ފެންނަނީ ދިވެހީންނަށް ވުރެ ބޮޑަށް ވަކި ސިޔާސީ ޕާޓީ އަކަށް ވެރިކަން ކުރުމުގެ ވިސްނުން ކަމަށް ބުނުން ގޯހަކަށް ނުވެދާނެއެވެ. މި ދުވަސްވެސް ނިމިދާނެއެވެ. އަނެއްކާވެސް އެހެން މީހެއްގެ އަވާ މެންދުރަށް ހެއްލޭނީ ތޯއެވެ.

ދިވެހީން ކާން ޖެހެއެވެ. ދައުލަތުން ކާން ދޭން ޖެހެއެވެ. އަސާސީ ހިދުމަތްތައް ފޯރު ކޮށްދޭން ޖެހޭނެއެވެ. ރައްޔިތުންނަކީ ދިވެހިރާއްޖޭގައި އެންމެ ބާރު ހުރި ފަރާތެވެ. ރައްޔިތުން ކުރިމަތީ ސަރުކާރަކީ ކުޑަ އެއްޗެކެވެ. ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ސަރުކާރުތައް ނިމިގޮސްފައިވަނީ ހުތުރުކޮންކަން ގައުތަކުގެ ތާރީހުން ފެނެއެވެ.

އަނިޔާއާއި ބަނޑަށް ކެތްވާނީ ވަކިވަރަކަށެވެ. ގެގް އޯޑަރުތަކުން ރައްޔިތުން ކަސްތަޅު އެޅުވޭނީވެސް ވަކި މުއްދަތަކަށެވެ. ދިވެހިރާއްޖެ ދިވެހީންނާއި އެކު ދިރި ދެމިއޮންނަން ޖެހޭނެއެވެ. ވެރިންގެ ވެރިކަން ބަދަލުވާނެއެވެ. 

]]>
Mon, 29 Jun 2026 08:24:03 +0500 ހަވާ
މުއިއްޒަށް: ހައިބަނޑާ ޅޮސް އުނދޯއްޔަކު ނުތިބޭނެ https://heerasnews.com/4337 https://heerasnews.com/4337 ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ދަށަށް ކަމަށް ގިނަ ދިވެހީން ގަބޫލު ކުރެއެވެ. ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް ހިނގައްޖެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ މީހުން އެ ވާހަކަދައްކަން ދެކޮޅު ހަދައެވެ. އެ މީހުންނަށް އެ ދަތި އިހުސާސް ނުކުރެވެނީކީ ނޫނެވެ. އޮތް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށެވެ. 

ވޭތުވެ ދިޔަ ދެ ތިން އަހަރެއްގެ ތެރޭ ތެލުގެ އަގުތައް އުފުލިއްޖެއެވެ. ގާތްގަނޑަކަށް މި މުއްދަތުގައި ޕެޓްރޯލް ލީޓަރެއްގެ އަގު މަދުވެގެން ދެ ރުފިޔާ އާއި ތިން ރުފިޔާއާއި ދޭތެރޭގެ އަގަކަށް އުފުލިއްޖެއެވެ. ބާޒާރުގައި ތަކެތި ގަންނަން ލިބޭ އަގުތައް %30 އަށް ވުރެ ބޮޑަށް މައްޗަށް ހިނގައްޖެ ކަމަށް ބެލެވެއެވެ.

އިމާރާތް ކުރުމުގައި އުޅޭ މަސައްކަތްތެރީން ވެސް ތަކެތީގެ އަގުތައް އުފުލުމުން ހިދުމަތުގެ އަގަށް އެބައި ވަނީ އިތުރުކޮށްފައެވެ. ބާޒާރުގައި ޑޮލަރު ލިބެން ހުރި އަގުތައް ވަނީ ރާއްޖޭގެ ރެކޯޑް ހަދާފައެވެ. ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި ޑޮލަރަކަށް ހަރަދުކުރަންޖެހޭ މިންވަރު 3 ރުފިޔާ އަށްވުރެ އިތުރު ވެއްޖެއެވެ. މިކަމުގެ އަސަރު ކަރަންޓު ބިލުތަކާއި އާންމު ހިދުމަތްތަކަށް ފޯރަމުން އެބަދެއެވެ.

މުއިއްޒު ސަރުކާރު ވެރިކަމާއި ހަވާލުވި އިރު -/100 ރުފިޔާއަށް ގަންނަން ލިބޭ އެއްޗަކަށް މިއަދު -/130 ރުފިޔާއާއި -/160 ރުފިޔާ އާއި ދެމެދުގެ މިންވަރެއް ހޭދަ ކުރަން ޖެހެއެވެ. ތަކެތީގެ އަގުތައް އުފުލިފައިވާ މިންވަރުން ދިވެހިރާއްޖެ ހިމެނިފައިވަނީ އޭޝިޔާގެ މި ސަރަހައްދުގައި އެންމެ ހަރަދުބޮޑު ގައުމުގެ ރެކޯޑް ވަނީ ރާއްޖެ ހާސިލު ކޮށްފައެވެ.

ސަރުކާރުގެ ޖަވާބު ސާދާއެވެ. ބުނަނީ ޑޮލަރު މައްޗަށް ނާރާނެ ކަމަށެވެ. ތަކެތީގެ އަގުތައް ހިފެހެއްޓިފައި ވާކަމަށެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަމުން އަންނަ ކަމަށެވެ. އެކަމަކު ގަލްފު ސަރަހައްދުގެ ހަނގުރާމައިގައި އަޅުވާ ސަރުކާރުން ރަންއިލޮށިން ކަދުރުކައި ރައްޔިތުން ޅޮސް އުނދޯލީގައި ގެންގުޅެނީއެވެ. 

ވަޒީފާ ތަކަކީ ހިފެހެއްޓިފައިވާ މުސާރައެއް ލިބޭ ކަމެކެވެ. ލިބޭ މުސާރަ ތަކެތީގެ އަގުތަކާއި އެއް މިންވަރަކަށް ނު އުފުލޭނަމަ ރައްޔިތުން ދުވަހުން ދުވަހަށް ވާނީ ނިކަމެއްޗެވެ. ނުވަތަ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތަކެތީގެ އަގުތައް ނުހިފެހެއްޓޭނަމަ ރައްޔިތުން ޖެހޭނީ އިތުރު ދަންފަޅިތަކުގައި އިތުރު މަސައްކަތްތަކެއް ކުރާށެވެ.

އާންމު ރައްޔިތުން އުޅޭނެ ހާލަތާއި މެދު ވިސްނާ ސަރުކާރުގެ އެކިއެކި ވަސީލަތް ތަކުން ކަންކަން އަތުރާލަން ޖެހެއެވެ. ކޮޗިން ފެރީ މިއަދަކު ނާދެއެވެ. ޗޮކުން ދިއުމުގެ ކުރީން އަވަސް ފިޔަވަޅަކަށް ވިސްނުން މިސްރާބު ކުރުމަކީ ސަރުކާރުން ރައްޔިތުންނަށް ދަރާފައިވާ ދެރުމެކެވެ. ރައްޔިތުންގެ ބަނޑަށް ހޫނު އަރާނީ ކޮން ވަގުތަކުން ކަމެއް ނޭނގޭނެއެވެ. އެ ފުރުސަތު ނުދެއްވާށެވެ.

“ހޯދާ ނުބަލާ ކަމަކު ތެރަށް ބޯ ނުމަހާނދޭ، ބޯދާ ބަހެކޭ ގޯހެކެ މަކޮޔާ ނުހިތާނދޭ” މިއީ އިހު ޒަމާނުގައި މީހުން ބުނެ އުޅޭ ބުނުމެކެވެ. ކަންކަން އިސްލާހު ކުރުމުގެ ވިސްނުން ނެތީވިއްޔާ އަޅާނީ ނުރައްކަލުގެ ރަނގަބީލެވެ. ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށެވެ. މިއަދު މަތީގައި އޮތް ވަތް، މާދަމާ ދަށުވަތަށް ބަދަލު ވެދާނެއެވެ. ހައިބަނޑާ ޅޮސް އުނދޯއްޔަކު ނުތިބޭނެއެވެ.

]]>
Sun, 28 Jun 2026 15:24:04 +0500 ހަވާ
އަރަބިން ކައިގެންތިއްބަސް ދިވެހިންގެ އަނގަޔާ އަތާ ދިމާނުވޭ https://heerasnews.com/4312 https://heerasnews.com/4312 ތަކެތީގެ އަގުތައް އުފުލި ރައްޔިތުންނަށް ތަކުލީފުތަކަކަށް ވާން ފަށައިފިއެވެ. އެންމެންނަކީ ދައުލަތުގެ ހަރަދުގައި ޒަރޫރީ ބޭނުންތައް ފުއްދަން އާދަ ވެފައިވާ ބައެއް ނޫނެވެ.

މުއިއްޒު މޭޔަރަކަށް ހުރި ދުވަސްވަރު ބުނެފައިވެއެވެ. “މާލޭގެ ރައްޔިތުންނަށް ދެއްކޭނެ މިންވަރަށް ވުރެ ކަރަންޓު ބިލުތައް ބޮޑެވެ”. މުއިއްޒެވެ. ކުރީ ސަރުކާރަށް ވުރެ މި ސަރުކާރުން ބިލުކުރާވަރު މާބޮޑަށްވެސް ބޮޑެވެ. 

މުއިއްޒު ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން ބާޒާރުން ގަންނަ ތަކެތީގެ އަގުތައް ގާތްގަނޑަކަށް %40 ވަރު ބޮޑުވެއްޖެއެވެ. ލިބޭ މުސާރައިން ވާވަރެއް ނުވެއެވެ. ބޮޑުވީ ހަމައެކަނި ކަރަންޓު ބިލުތަކެއް ނޫނެވެ. ފެންބިލާއި، އިންޓަރނެޓުވެސް މެއެވެ. ތަކެތީގެ އަގުތައް ބޮޑުވި އިރު ދައުލަތަށް ދައްކާ ޓެކްސްތައް ބޮޑުވުމަކީ އިތުރު ވޭނެކެވެ. މި ސަރުކާރު ވޭނެކޭ ބުނަނީއެއް ނޫނެވެ. ވޭނެއް ނޫނޭ ބުނެވެން ނެތީއެވެ. 

ރިޔާސީ ކެމްޕެއިން ދުވަސްވަރު ވަރަށް ކުޅަދާނަ މީހަކު އަރަބި ބަހާއި ވައްތަރު ބަހަކުން ބުނެފައިވެއެވެ. ދިވެހީން ތިބޭނީ ކައިގެންނެވެ. އަރަބި އިސްލާމީ ގައުމު ތަކުގެ މީހުން ކައިގެން ތިބިއްޔާ ދިވެހީންވެސް ތިބޭނީ ކައިގެންނެވެ. އަދިވެސް ބުންޏެވެ. ކާށިދޫ ކަނޑުން ތެޔޮ ހޮޅި ނެރެންޖެހިއްޖެއްޔާ ކާށިދޫ ކަނޑުންވެސް ތެޔޮ ހޮޅިތައް ނެރެ ދިވެހީންނާއި ހިސާބަށް ތެލާއި ގޭސް ހޯދާދޭނަމެވެ. ޝުކުރިއްޔާއެވެ. 

މިއަދު ތެޔޮ ވަރަށް ތިޔާގި ވެއްޖެއެވެ. ބޭނުންވަރަކަށް ތެލާއި ގޭހާއި ބޮނަކުއާ ފެންވެސް އެބަ ލިބެއެވެ. ދުނިޔޭގެ ބާޒާރުގައި “ތެޔޮ” މިބަސް ބޭނުން ކުރާ ހިސާބުން ރުފިޔާއެއް އިތުރުވެއެވެ. ނަމަވެސް ތެޔޮ ލިބެނީ ހެޔޮ އަގުގައެވެ. އަތޮޅު ތެރޭގައި އަދި މާބޮޑަށް ހެވެވެ. މާލެއިން 16ރ އަށް ޕެޓްރޯލް ލީޓަރެއް ލިބޭނަމަ އަތޮޅުތެރެއިން އެއްވެސް ޖެހިލުމެއްނެތި 30ރ އަށް ޕެޓްރޯލް ލީޓަރެއް ލިބެއެވެ. ހީވަނީ ވާދައަށް އަގުމައްޗަށް ޖައްސާލާހެންނެވެ. އެހެން ނަމަވެސް ޝުކުރިއްޔާއެވެ. 

މަނިކުފާނެވެ. ކާށިދޫ ކަނޑުން ތެޔޮ އެތެރެ ކުރި ގޮތަށް އަރަބި ރޮށީގެ ހޮޅިއެއްވެސް އަޅާ ދޭން ދަންނަވާލަ ދެއްވާށެވެ. ހަމައެކަނި ވަކި ބުރޭންޑެއްގެ ފެނެއްގެ ބަދަލުގައި އިތުރު ބުރޭންޑު ތަކުގެ ފެނާއި އަރަބި ރޮއްޓާއި ކަދުރާއި މާމުއި ހޮޅިއެއްވެސް އެވެރިން ލައްވާ އަޅާ ދީބަލާށެވެ.

ހައްޖު ކޯޓާކޮޅެއްވެސް ތިޔަ ހޮޅިން ލިބޭތޯ ބަލާލަދެއްވާށެވެ. ވަރަށް ގިނަ ރައްޔިތުން ލިސްޓުތަރުތީބު ނައިސްގެން އެބައުޅެއެވެ. ކޯޓާ އައިސް ހަމަވޭތޯ އިންތިޒާރުގައި ތިއްބާ ނިޔާވެސް ވެއްޖެއެވެ. 

އިސްލާމީ އިލްމު އުނގެނިގެން ހުރި މީހެއްގެ ކިބައިގައި ނުބައިކަމާއި ޖާހިލުކަންވެސް ހުންނަން ވާނީ ވަކި ވަރަކަށެވެ. ދީނީ އިލްމުވެރިންގެ ބަސް ރައްޔިތުން ނުއަހަނީ ދީން އެނގިހުރެ ދީނާއި ހިލާފުކަންކަމަށް ރައްޔިތުންނަށް ގޮވާލާތީ ކަމަށް ދީނީ އިލުމު ވެރިއަކު ބުންޏެވެ.

ދޮގަކީ ހުއްދަ ކަމަކަށް ނުހެދޭނެއެވެ. ވިޔާނުދާ އަމަލުތައް ސައްހަ އަމަލު ތަކަކަށް ނުހެދޭނެއެވެ. އާންމު ރައްޔިތުން އިސްވެ ދީނީ އިލްމުވެރިންނަށް ދަރުސް ދޭން ޖެހޭ މިންވަރަށް ގައުމުގެ ހާލަތު ކިލަނބުވެ، ނާމާން ވެއްޖެއެވެ.

އިސްލާހުވެ، އިސްލާހުވާން ގޮވާލިއްޔާ ރަގަޅު ވާނެއެވެ. ތިމާ ބުނާ ވާހަކައަކީ ތިމާ އަމަލުކުރާ ބަހަކަށް ވާން ޖެހެއެވެ. ދޮގު ވެރިންނަށް މީހުން ކައްޒާބޭ ކިޔައެވެ.

]]>
Mon, 22 Jun 2026 09:55:03 +0500 ހަވާ
މުއިއްޒު ކަނީ ޔާމީނު ހެއްދި މޭވާ https://heerasnews.com/4305 https://heerasnews.com/4305 އިގްތިސާދީ މަސައްކަތަކީ ހުނަރެކެވެ. ގައުމެއް ހިންގުމާއި ގައުމެއް އޮޔާ ދިޔުމާ ތަފާތެވެ. 2018  ވަނައަހަރުގެ ކުރިން ދިވެހިރާއްޖެއަށް އަހަރެއްގެ މަތިން އެންމެ ގިނައިން އާދެވޭނީ 1.5 މިލިއަން ފަތުރުވެރިންނަށެވެ. މި އަދަދަކީ ރާއްޖޭގެ މައި އެއަރޕޯޓުގެ ފަސެންޖަރުން އަހަރެއްގެ ތެރޭގައި ބެލެހެއްޓޭނެ އެންމެ މަތީ އަދަދެވެ. މިއަދަދުގެ ތެރޭގައި އެއަރޕޯޓުން ހިދުމަތް ހޯދާ އެންމެން ހިމެނެއެވެ. ރާއްޖެއަށް އެތެރެވާ ޓޫރިސްޓުންނާއި، މަސައްކަތް ތަކަށް އަންނަ ބިދޭސީންނާއި އެއަރޕޯޓު މެދުވެރިކޮށް ރާއްޖޭން ބޭރަށް ދަތުރު ކުރާ ދިވެހީންވެސް ހިމެނެއެވެ. ހަމައެއާއި އެކު ދިވެހި މައި އެއަރޕޯޓުގެ ފްލައިޓް ޖައްސާ ރަންވޭގެ ސައިޒް ދުނިޔޭގައި ބޭނުން ކުރެވޭ ހުރިހާ ފަސިންޖަރުން އުފުލާ މަތިންދާ ބޯޓު ޖެއްސޭނެ ވަރެއް ނެތެވެ. 

ދިވެހިރާއްޖޭގެ މައިއެއަރޕޯޓް ތަރައްގީ ކުރުމަކީ ދިވެހި އިގްތިސާދަށް ދުރު ރާސްތާގައި ކުރެވޭނެ އެންމެ މުހިންމު އިގްތިސާދީ ފިޔަވަޅެވެ. 2013 އިން 2018 ވަނަ އަހަރާއި ހަމައަށް ދިވެހި ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތަކަށް ވެފައިވީ އެއަރޕޯޓުގެ ތަރައްގީއެވެ. 1.5 މިލިއަން ފަސިންޖަރުންގެ އަދަދު 7.5 މިލިއަން އާއި 9 މިލިއަން ފަސެންޖަރުން ބެލެހެއްޓޭނެ މިންވަރަށް ތަރައްގީ ކުރުމެވެ. އަދި އެއަރޕޯޓުގެ ރަންވޭ ދުނިޔޭގެ އެންމެ ބޮޑެތި ކޮމާޝަލް ފްލައިޓް ޖެއްސޭނެ މިންވަރަށް ތަރައްގީ ކުރުމެވެ.

އެއަރޕޯޓް ގެ ރަންވޭ  ބޮޑުކޮށް ދުނިޔޭގެ މިންގަނޑަށް ފެތޭގޮތަށް ބޮޑުކޮށް ވަރުގަދަ ކުރުމާއި 9 ވަރަކަށް މިލިއަން ފަސިންޖަރުން ބެލެހެއްޓޭނެ މިންވަރަށް ތަރައްގީ ކުރާއިރު އިތުރު މަސައްކަތް ތަކެއް ފުރިހަމަ ކުރުން ލާޒިމު ކުރެއެވެ. އެ ފްލައިޓް ތަކަށް ބޭނުންވާނެ ތެޔޮ ރައްކާ ކުރެވޭނެ މަގު ފަހި ކުރުމާއި، ފެނާއި ކަރަންޓާއި، މުދާ ގެންގުޅެ ކްލިއަރ ކުރެވޭނެ ގޮތް ހެދުމާއި، ކަސްޓަމްސްއާއި އިމިގްރޭޝަނާއި ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ކަންކަން އިންތިޒާމް ކުރުމާއި އިދާރީ ގޮތުން ބަލަހައްޓަން ޖެހޭ ކަންކަން ހަމަޖެއްސުމާއި އަދިވެސް އިތުރު އެތަށް ކަމެއް ހިމެނެއެވެ. 

2013 އިން 2018 ވަނައަހަރާއި ދެމެދު ފެށި މަސައްކަތްތަކަކީ އެ މުއްދަތުގައި ވެރިކަމުގައި ހުންނެވި ރައީސް ޔާމީން އެ މުއްދަތުގައި ފައިދާ ތަކެއް ހޯދުމަށް ފެށި މަސައްކަތެއް ނޫނެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި އެމަސައްކަތުގެ ފޮނި މީރުކަން ލިބެން ފަށާނީ އެފެށި މަސައްކަތް ނިމޭ ހިސާބުންނެވެ. މަސައްކަތް އިންތިޒާމް ކުރެވުނީ އެވަގުތު އެއަރޕޯޓު ހުއްޓުމަކަށް ނުގެނެސް، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަށް އިންތިޒާމްތައް އަތުރާލައިގެންނެވެ. 

ދިވެހިރާއްޖެއަށް އެންމެ ގިނަ ފައިސާ ވަންނަނީ ޓޫރިޒަމުންނެވެ. އެއަރޕޯޓް ތަރައްގީ ކުރުމާއި އެކު ޓޫރިޒަމްއަށް އޮތް ފުރުސަތުތައް އިތުރު ކުރުމަކީ ބުއްދިވެރިން ކަން ކުރާ ގޮތެވެ. 2013 ގެ ކުރިން ދިވެހިރާއްޖޭގެ ޓޫރިސްޓް އެނދުގެ އަދަދު ހުރި މިންވަރު ދެ ގުނަ ކުރިއެވެ. 50 އައު ރިސޯޓުގެ މަސައްކަތް ފެށާ ބާޒާރަށް ހުޅުވާލިއެވެ. މިއީ ބައިނަލް އަގުވާމީ ފެންވަރުގެ ވަށާ ޖެހޭ ތަރައްގީގެ ތޫނު ފިލިކަމެކެވެ.

ރައީސް ޔާމީން ގެ ވިސްނުންފުޅު ގެންގުޅުއްވީ ފުދުންތެރިކަން އިތުރު ކުރުމަށެވެ. ދަރަނި ނަގަނީ ތަރައްގީގެ މަޝްރޫއު ތަކަށެވެ. މުސާރައާއި ޗުއްޓީ ދަތުރުތަކަށް ހޭދަ ކުރާކަށް ނޫނެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖަކީ ބައިނަލް އަގުވާމީ އެއަރ ޕޯޓާއި ހުޅުމާލޭގެ އަގު އުފުލި ރައްޔިތުންނަށް އެތަކެއް ފައިދާ އަކާއި ފަސޭހަ ކަމެއް ލިބިދިން މަސައްކަތް ތަކެކެވެ. އިގުތިސާދަށް ލިބުނު އިތުރު ކުރިއެރުމެކެވެ. 

ދިވެހި ދައުލަތުގެ އިގްތިސާދު ނާޒުކު ފައްތަރަކަށް ވެއްޓުނު ވަގުތު ދިވެހި ދައުލަތުގެ ލައިފް ލައިނަކީ އޭރުގައި އެކުރެވުނު މަސައްކަތްތަކުގެ ނަތީޖާގެ މޭވާކަމީ ދެބަސް ނުވެވޭނެ ހަގީގަތެވެ. ދިވެހި ދައުލަތުގެ ދަރަނި މިއަދު ހުރީ ގާތްގަނޑަކަށް 162 ބިލިއަން ދިވެހިރުފިޔާއަށް އަރާފައެވެ. 2023 ގައި ހޮވި ވެރިކަމުގެ ދަރަނީގެ މިންވަރު އެކި ސަބަބާހުރެ 35 ބިލިއަނުން މައްޗަށް އެރިއެވެ.

މުއިއްޒުގެ ވެރިކަމާއެކު ދުނިޔޭގެ އިގްތިސާދީ އޭޖެންސީ ތަކުން ދިވެހިރާއްޖޭގެ އިގްތިސާދުގެ ނާޒުކު ވާހަކަތައް ދައްކާ މިންވަރު އިތުރު ވެއްޖެއެވެ. ރަތްބޮކީގެ ކުލަގަދަވެ ފެހި ސިގްނަލް ގެއްލިއްޖެއެވެ. ހަރަދު ކުޑަ ކުރުމަށް ކެނޑި ނޭޅި ގޮވަނީއެވެ. އެސްއޯއީތައް ހަމައަކަށް އަޅުވަން ގޮވަނީއެވެ. އާމްދަނީ އިތުރުވާނެ މަސައްކަތްތައް ކުރުމަށް ގޮވާލަނީއެވެ.

ސަރުކާރަކަށް އަޑެއް ނީވެއެވެ. ސަރުކާރަށް ފެންނަނީ އިންތިހާބު ތަކާއި ހަނީ މޫން ތަކެވެ. އިސްރާފުތަކާއި ރައްޔިތުންނަށް ކުރާނެ ގޯނާ ތަކާއި ޖުރިމަނާ ތަކެވެ. 2018 ގައި ނިމުނު ވެރިކަމުގައި ދިވެހި އިގްތިސާދަށް އިންދި  އޮށްތަކުގެ މޭވާ ނުލިބޭ ނަމަ ގައުމުގެ ހާލަތާއި މެދު ހިތާމަ ކުރާނެކަން ޔަގީނެވެ.

]]>
Sat, 20 Jun 2026 16:54:04 +0500 ހަވާ
ގާނޫނުއަސާސީ މުއިއްޒުވެ ގައުމު ހިންގާނެ ސަރުކާރެއްނެތް https://heerasnews.com/4303 https://heerasnews.com/4303 ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ސިސްޓަމްތައް ފެއިލްވެފައިވާ ކަމުގެ އިހުސާސާއި މަންޒަރު ފެންނަން ފަށައިފިއެވެ. ދައުލަތުގެ އިދާރާތަކަކީ ރައީސުލް ޖުމްހޫރިއްޔާގެ ވަށައިގެން އެނބުރޭ ތަންތަނަށް ވެއްޖެއެވެ. ގާނޫނު ތަކަކީ ރައީސުލް ޖުމްހޫރިއްޔާގެ ހަށިފާރަވެރިންނަށް ބަދަލު ވެއްޖެއެވެ. ގާނޫނުތައް މާނަ ކުރުން ވަނީ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުމަކަށް ވެފައެވެ. 

ނޫ ގާނޫނު އަސާސީއަކުން ފެހި ގާނޫނު އަސާސީ އަށް ދިވެހިން ހިޖުރަ ކުރީ މުޅިން ތަފާތު މަގުސަދެއް ހާސިލު ކުރުމުގެ އުންމީދަކާއި އެކުގައެވެ. ދުނިޔޭގެ ދޮށީ ގައުމުތަކުގައި ތަޖުރިބާ ކޮށްފައިވާ ހެޔޮ ގޮތްތައްއެކުލެވިފައިވާ އަދި ގުޅިފައިވާ ނިޒާމެއް ދިވެހިރާއްޖޭގައި ބިންވަޅު ނެގުމަށެވެ. މި ނިޒާމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެވި އެއްބާރު އަނެއްބާރާއި އެކު މަސައްކަތް ކުރެވޭ އަދި އެއްބާރު އަނެއްބާރަށް ފާރަވެރިވާ ޑެމޮކްރަސީ އެކެވެ. މި ފާރަވެރިވުމަކީ އެއްބާރު އަނެއްބާރަކަށް ދަތި ކުރުމުގެ ބަދަލުގައި ބާރުތައް ހަމަމަގުގައި ގެންގުޅުމުގެ ނިޒާމެކެވެ. 

ރާއްޖެ މަރުހަބާކީ ތިންބާރު ވަކިވެފައިވާ ނިޒާމަކަށެވެ. އެއްބާރުން އަނެއްބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވާނެ ނިޒާމަކަށެވެ. އަދި ހަމަ އެ ނިޒާމުތަކުގެ ތެރެއިން ގައުމުގެ މާލީކަންކަމާއި ހިންގުމުގައި ހިނގާ ގޯސްތައް ބެލުމަށް ވަކި ވަކި މިނިވަން މުވައްސަސާތަކެއް ހިމެނޭ ގޮތަށެވެ. ނަމަވެސް މިއަދުގެ ހަގީގަތަށް ރިއާޔަތް ކުރާ އިރު ރާއްޖޭގެ މިނިވަން މުވައްސަސާތައްވަނީ ކޮރު ކަނު ބީރު ތަންތަނަށް ބަދަލުވެފައެވެ. 

ދައުލަތުގެ އިސް ވަކީލު އެޓޯނީ ޖެނެރަލް (އޭޖީ) ގާނޫނު މާނަ ކުރަން މަޖުބޫރުވެފައިވަނީ ރައީސުލް ޖުމްހޫރިއްޔާ މާނަ ކުރާ ގޮތަކަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ގާނޫނުގެ ތަރުޖަމާތަކަކީވެސް  ރައީސުލްޖުމްހޫރިއްޔާ ރުއްސުމާއި ގުޅިފައިވާ ކަމަކަށް ވަނީ ވެފައެވެ. ޕީޖީގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ކޮރު ބައިވަރު ކަންކަން ސަބަބުތަކާއި ހުރެ އެބަހުއްޓެވެ.

ޕީޖީގެ މަގާމުގައި ހުން މީހާ ސިޔާސީ ޕާޓީއެއް ތަމްސީލުކޮށް ރައީސުލް ޖުމްހޫރިއްޔާގެ ބެލުމުގެ ދަށުގައި ދުވަސްތަކެއްވަންދެން ސިޔާސީ މަގާމެއް އަދާކޮށް އާއިލާގެ ބަލަދުވެރިކަން ސަރުކާރެއްގެ އުޖޫރައަށް ބަރޯސާވާނަމަ ގާނޫނުގެ ހުރިހާ މަސްލަހަތެއް ބިނާވާނީ ރައީސުލް ޖުމްހޫރިއްޔާ އަށެވެ. އެކަން ވާނީވެސް އެހެންނެވެ. އަމިއްލަ އިހުތިޔާރެއް ނޯންނާނެއެވެ.

ރައްޔިތުންގެ މަޖިލިހުން ހަދާ ގާނޫނުތަކަކީ ރައީސުލް ޖުމްހޫރިއްޔާ ކުރަން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހި ކުރުވާ ތަނަކަށް މަޖިލިސް ވެއްޖެއެވެ. ޝަރުއީ ކޯޓުތަކަކީ ރައީސުލް ޖުމްހޫރިއްޔާ ހެއްވާލާ ތަންތަނަށްވެ ނިމިއްޖެއެވެ. 

ރައީސް މައުމޫނުގެ ވެރިކަމުގައި މީހުން ބުނެ އުޅެއެވެ. ސުޕްރީމް ކޯޓަކީ ކޮބާހެއްޔެވެ. ރައީސުލް ޖުމްހޫރިއްޔާއެވެ. ގަވަރު ނަރަކީ ކާކުހެއްޔެވެ. ރައީސުލް ޖުމްހޫރިއްޔާއެވެ. ޑިފެންސް މިނިސްޓަރަކީ ކާކު ހެއްޔެވެ. ރައީސުލް ޖުމްހޫރިއްޔާ އެވެ.

މިއަދުގެ ހާލަތަކީ ކޮބާތޯއެވެ. ހިޔުމަން ރައިޓްސް ކަމިޝަނަކީި ރައީސުލްޖުމްހޫރިއްޔާއެއް ނޫން ތޯއެވެ. އޯޑިޓަރ ޖެނެރަލަކީ ވަކީން ކާކު ހެއްޔެވެ. އުއްތަމަށް ފަނޑިޔާރަކީ ކާކުތޯއެވެ. އިލްކްޝަންސް ކަމިޝަނަރ އަކީ ކާކު ހެއްޔެވެ. ހުރިހާ މަގާމުތަކެއް ފުރަނީ ރައީސުލް ޖުމްހޫރިއްޔާއެވެ. އެ މަގާމުތަކަށް އިތުރު އިނާޔަތްތަކެއްވެސް ރައީސުލް ޖުމްހޫރިއްޔާ ނަގަން ޖެހޭ ހިސާބަށް ހިނގައްޖެއެވެ. ކޯޓުތަކުގައި ހުކުމް ކުރަނީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ރުހޭ ހުކުމެކެވެ.

އުތުރު ކޮރެއާގައިވެސް މިއަށް ވުރެ ޑެމޮކްރަޓިކް ވާނެ ކަން ޔަގީނެވެ. ގާނޫނު އަސާސީ އަކީ މިއަދު ރައީސުލްޖުމްހޫރިއްޔާ ގެންގުޅޭ އަސަޔަށް ކިޔާ ނަމަކަށް ވެއްޖެއެވެ. ގާނޫނު ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުބަސްފުޅަށް ވީއެވެ. ގަވާއިދަކީ ރައީސުލް ޖުމްހޫރިއްޔާގެ ފަހަތު ފައިކޭޓުގައި އޮންނަ ވޮލެޓެވެ.

ގައުމު ހިނގަނީ ކީނޫނެވެ. ގައުމު އޮޔާ ދަނީއެވެ. ސިވިލް ސާރވަންޓުން އޮފީސްތަކަށް ދާނަމަ އޮފީސް ތަކުގައި ކޮންމެވެސް މަސައްކަތެއް ހިނގާނެއެވެ. ނަމެއްގައި ދައުލަތް ހިނގާނެއެވެ. ނަމަވެސް ރާއްޖޭގައި ގައުމު ހިންގާނެ ސަރުކާރެއް ނެތެވެ.

ދުވަހުން ދުވަހަށް ރައްޔިތުންގެ ހާލަތު ދަނީ ދަށަށެވެ. ތަކެތީގެ އަގުތައް އަތްނުފޯރާ ފަށުގައެވެ. ބޭރު ފައިސާ ލިބުން އިންތިހާއަށް ދަތިވެއްޖެއެވެ. ޑޮލަރު ގަންނަން ލިބެނީ ހާލުންނެވެ. މަޖުބޫރުވެގެން ރައްޔިތުންގެ ބޭނުންތަކަށް ޑޮލަރު ލިބެނީ 20.50ރ އަށެވެ. ދިވެހީން މިނިވަންވެ މަސައްކަތް ކުރާނެ މަސައްކަތެއް އުފެއްދުމުގެ ގާބިލުކަން ސަރުކާރަކު ނެތެވެ.

ސުކޫކު ދައްކައިފިއެވެ. ދަރަނީގެ ބައެއް ދައްކައިފިއެވެ. ނަމަވެސް ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދުތަކަށް އެކަށީގެންވާ ލުޔެއް ނުލިބެއެވެ. އެތެރެއާއި ބޭރުން ނަގާ ދަރަނި ކުޑައެއް ނުވެއެވެ. މުއިއްޒު ސަރުކާރުގެ ދެ އަހަރުބައި ތެރޭގައި 50 ބިލިއަން އަށް ވުރެ އިތުރަށް  ދައުލަތުގެ ދަރަނި އިތުރުވެއްޖެ ކަމަށް ގިނަ ރިޕޯޓްތަކުން ފެނެއެވެ. 

ގައުމުގެ ވެރިކަމަށް އަންނަ ފަރާތްތައް ހަނީ މޫން އަށް ވަގުތު ކޮޅެއް ނަގައެވެ. ނަމަވެސް މިސަރުކާރު އަދިވެސް މިފެންނަނީ ހަނީ މޫނުގައި އުޅޭ ތަނެވެ. ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލު ކޮށްދޭން ޖެހެއެވެ. ސަރުކާރުގެ ދައުރު ނިމޭއިރު ދައުލަތުގައި މީނދާކޭ އުނބެއް އެކަނި އޮތުމަކުން ނުފުދެއެވެ. އަމާނާތަށް ހިޔާނާތްތެރި ނުވާނެ ކަމަށް އުންމީދު ކުރަމެވެ.

]]>
Fri, 19 Jun 2026 17:42:54 +0500 ހަވާ
ބްރޯޒް ތީތި ކަޑަ | ރަނގަޅުކޮށްލާ https://heerasnews.com/4298 https://heerasnews.com/4298 ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދޫކުރާކުރުމަށް އިޝާރާތްކޮށް މިހާރުގެ ސަރުކާރުން ވަރަށް މަލާމާތްކޮށް ޖޯކު ޖެއްސެވެ. ކަނޑުފަޅުން ބިން ދޫކުރީ ކަމަށް ގޮވާ މަލާމާތް ކުރިއެވެ. މުއިއްޒު ތަފާތެވެ. ކެމްޕެއިންއަށް ރައްޔިތުންނަށް އޮޅުވާލީ ކުރީ ސަރުކާރުން ދިން ފުލެޓެއްވިއްޔާ ހަމަ އެ ފްލެޓު އަދި ބިމެއް ދީފައިވިއްޔާ އެ ބިމެއް ރަނުން ރަނަށް ދޭނެކަމަށް ބުނެ އިގުރާރުވެއެވެ. ކަނޑު މެދުން ދިން ބިމެއް ވިއްޔާ އެތަނެއް ރަގަޅަށް ހިއްކާ އެއްވެސް ބަދަލެއް ނެތި ބިންތައް ހަވާލު ކުރާނެ ކަމަށް ބުންޏެވެ. 

މުއިއްޒުގެ ސަރުކާރު ހުވާ ކުރުމާއި އެކު ކުރިން ބުނިއެތި ވީ ކެންސަލެވެ. ކުރީ ސަރުކާރުން ދީފައިވާ ފުލެޓާއި ބިންތައް ކުރީސަރުކާރުން ދީފައިވަނީ ހަމައެއް ލަމައެއް ނެތި ކަމަށް ބުނަން ފެށިއެވެ. ބައެއް ފުލެޓުތައް ނުދެވޭނެ ކަމަށާއި ހިއްކަން ބުނި ބިންތައް ހިއްކުމުގައި ކޫސަނި ސަބަބުތައް ދައްކަން ފެށިއެވެ. 

މުއިއްޒުގެ ވިސްނުންތައް ހުރީ 10 އަހަރަށް އަމާޒު ހިފާފައިކަމަށް ވެރިކަމަށް ހޮވުނު ފުރަތަމަ ދުވަހު ޕީޕީއެމް ޕީއެންސީ ސެނެޓަރުންގެ ތެރެއިން ބަޔަކު ދިމްޔާތަށް އެއްކޮށް ބުންޏެވެ. އަދި މި ކަމަށް ދެބަސް ވާ މީހަކު ހުރިނަމަ އެ މީހަކީ މުއިއްޒުގެ ސަރުކާރާއި ދޮކޮޅު މީހެއް ކަމަށް ބުނެފައިވާ ކަމަށް އެ ބައްދަލުވުމުގެ ބައިވެރިވި ބައިވެރިޔަކު ބުންޏެވެ. 

މުއިއްޒު ބޭނުންވީ މާލެ ފަދަ ދެވަނަ ސަހަރެއް ބިނާ ކުރާށެވެ. ރަސްމާލެ ކަމެއް، ރާޖޫ މާލެކަމެއް ނޭނގެއެވެ. 8 މަސް ދުވަހުން ހިއްކަން ފެށި ބިން ދައުރުގެ ދެބައިކުޅަ އެއްބައި ނިމުނުއިރުވެސް ނުނިމެއެވެ. 1152 ހެކްޓަރު ބިން ހިއްކުމުގައި މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހި ގިނަ ކަންތައްތަކެއް ހުރި ކަމަށް ސިޔާސީ ގިނަ ބަޔަކު ބުނެއެވެ.

ކޮންމެ އަކަސް ރާޖޫ އަށް ނުދެވޭނެ ނާޖާއިޒް ލުއިތަކެއް ދީފައިވެއެވެ. ބަދަލެއްގެ ގޮތުގައި ބޮޑު ބިމެއް ހުޅުމާލޭން ދިނެވެ. ހިއްކަން ފެށި 1152 ހެކްޓަރު އަދި އޮތީ ވަރަށް ނިކަމެތި ކޮންނެވެ. މުއިއްޒު އިއުލާނު ކުރީ މާލެއާއި ބައެއް މީހުން ބުނާ ރާޖޫ މާލެ އާއި ގުޅުވާލަނީ ކަނޑުއަޑީގެ ޓަނަލަކުންކަމަށެވެ. އިއުލާނު ކުރި ދުވަހުގެ އަސަރުތައް އަދިވެސް ބައެއްމީހުންގެ ހަށިތަކުން ފެނެއެވެ. އެ ދުވަހުގެ އަތްޖެހުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އަދިވެސް ގިނަ ބަޔަކު ދަނީ ރުއްގަލު ބޭސް ކުރަމުންނެވެ.

މުއިއްޒުގެ އެންމެ ގާތް އެންމެ އިތުބާރު ކުރާ ހައުސިންގ މިނިސްޓަރުގެ ބަހުން ނަމަ އެފަދައިން ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ކުރަން ހެޔޮ ނުވާނެ ކަމަށެވެ. ބުނީ އެ ފަދަ ޓެކްނޮލޮޖީއެއް އަދި ދުނިޔޭގައިވެސް ނެތް ކަމަށެވެ. ކޮންމެ ހެނެއް ވިޔަސް މިހާރު ބިން ދޫކުރަނީ އެއްކަލަ ބުނާ ރާޖޫ ނޫނީ ރަސް މާލޭން ނޯލައެވެ. އަދި ހިއްކާ ނުނިމެއެވެ. މާލެއާއި އެ ތަނާއި ގުޅުވާލާ ޓަނަލްގެ ޓެކްނޮލޮޖީ ހޯދަން ތިއްބާ ދައުރު ދެބައި ވެއްޖެއެވެ. އަދި ކުރިއެރުމެއްނެތެވެ. 

މިއަށް ކިޔަންވީ ކައްޒާބެއްގެ މަގުފުރެއްދުން ތޯއެވެ. ނޫނީ ކުރީ ސަރުކާރަށް ކުރި މަލާމާތް މި ސަރުކާރާއި އަރާ ހަމަކުރީ ނޫން ބާވައެވެ. މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމާއެވެ. މި ޖެހުނީ ކުރިންވެސް ޖެހުނު ތާއެވެ. ސަކަ މީހަކު ހަމަ ބުނާނީ ކަނޑުން ދޫކުރި ބިންތަކެކޭއެވެ. މުއިއްޒު ސަރުކާރުގެ މީހުންގެ ބަހުރުވައިން ނަމަ ބުނަން އޮތީ ކަނޑުން ބިންދިނުމުގައި އިބޫ އެކޭ މުއިއްޒެކޭ ތަފާތެއް ނެތެވެ. އެހެން ވީމާ މުސްކުޅިން ބުނަނީ އެކަކުންޏެއް ހަރުކޮންނަންވާނީ އެކަކުންޏެއްގެ ވަރުންނެވެ. ފެންވަރު އޮޅިވަޑައި ނުގަންނަވާށެވެ. 

އިއްޒަތްތެރި ރައީސް އެވެ. “ތާހިރުވުމަށްވެސް ތާހިރުކަން ބޭނުމެވެ.” ރައީސް ހަމަ އިތުރު ފުޅު ހައްދަވަނީ ތޯއެވެ. ރައީސަކީ ކައްޒާބު ފުޅަކީ ތޯއެވެ. ޓަނަލެއް ނުފެނެއެވެ. އެކަމުގެ ހަބަރެއްވެސް ނެތެވެ. ބިން ހިއްކާ ނުނިމެއެވެ. ބިންހިއްކަން ގެނައި އޮޑިތަކަށް ފައިސާ ނުދައްކައިގެން ނައްޓާލައިފިއެވެ. ދެން ކުރާނީ އާބިޓްރޭޝަނުން ހުކުމެކެވެ.

ބިން ދޫކުރުމުގެ މަސައްކަތް ފެށީއެވެ. މި ވާހަކަތަކާއި ކުރިން މަލާމަތްކޮށް ދެއްކި ވާހަކަ ތަކާއި ތަފާތެއް ނެތެވެ. ވިސްނުމުގައި ހުރީ މަކަރާއި  ހީލަތާއި އޮޅުވާލުމެވެ. ދޮގުހެދުމުގެ އިންތިހާއެވެ. ދޮގުހެދުން “ޓު ދަ މެކްސް”އެވެ. މީހުން ބުނެ އުޅެއެވެ. “ބާދަގަނޑުގައި ކިތަންމެ ވަރަކަށް ދަވާދު ލިޔަސް ދަބަރު ހިލޭނެ އެވެ.” ދޮގު ހެދުން އާންމުވެ ކަށީގައި ހިފާފައިވާނަމަ ބަދަލު ކުރަން ވަރަށް އުނދަގޫ ވާނެއެވެ.

ދިވެހީންނަކީ ދޮގާއި މަކަރާއި މުންކަރާތްތަކާއި ދުރުހެލި ދީނެއްގެ އަހުލުވެރީންނެވެ. ވެރީން މަގުދައްކާ ދޭންޖެހެއެވެ. އަންނާން އޮތް ޖީލުތަކަށް ދިވެހިރާއްޖެ އިސްލާމީ އަހުލާގުގެ މަތީގައި ދަމަހައްޓަން ދަތިވާވަރަށް ސަރުކާރުގެ ވެރީންގެ އަމަލުތައް ހުތުރުވެއްޖެއެވެ. އިސްލާހު ކޮށްލާށެވެ. ބުރޯޒް ތީތި ކަޑައެވެ.

]]>
Thu, 18 Jun 2026 17:26:46 +0500 ހަވާ
ގުރާ ގޮވެލި، ގޮވީ ގޮވީ ތުރާކުނުން ވަށަފަރަށް https://heerasnews.com/4292 https://heerasnews.com/4292 ތުރާކުނުމަތިން އުދުހިފައި ދިޔަ ގުރާ ގޮވާލިއެވެ! 400 މިލިއަން ޑޮލަރެވެ. ވަށަފަރުގައި އިން ގުރާ ތަކުރާރު ކުރިއެވެ. 400 މިލިއަން ޑޮލަރެވެ. 

ތުރާކުނު ފަޅިން ގޮވާލިއެވެ. އިންވެސްޓްމަންޓް ބޭންކެވެ. ވަށަފަރުން ގޮވާލިއެވެ. އިންވެސްޓްމަންޓް ބޭންކެވެ. 

ތުރާކުނުން ގުރާ ގޮވާލިއެވެ. ޖީޑީޕީގެ %15 ކޮންޓްރިބިއުޓް ކުރާނީ ޑިޖިޓަލް އިކޮނޮމީންނެވެ. ވަށަފަރު ފަޅުތެރޭން އޮޔާ ދިޔަ އުނބެއް މަތީ އިން ގުރާ ގޮވާލިއެވެ. ޖީޑީޕީގެ %15 ޑިޖިޓަލް އިކޮނޮމީންނެވެ. 

ގުރާތަކުގެ ތަބިއްޔަތުގައި ހުންނަ ކަމަކީ ގިނައިން އިވޭ އަޑުތައް ތަކުރާރު ކުރުމެވެ. އެ ގުރާތަކަށް އަޑުއިވޭ ގޮތަށް “ކައްޒާބު” މި ބަސް ތަކުރާރުވާނަމަ ކައްޒާބޭވެސް ކިޔާނެއެވެ. “ފިނިފެންމާ” ގިނަގިނައިން ކިޔާނަމަ “ހިނިހެންހާ” ނަމަވެސް ކިޔާނެއެވެ. ކޮންމެހެން އަސްލަކަށްވެސް ވާކަށް ނުޖެހެއެވެ. އިވޭ އަޑެއް ތަކުރާރު ކުރަނީއެވެ. އެ ގުރާގެ ބުއްދި އިންސާނުންނާއި އެއްފަދައެއް ނުވާނެއެވެ. 

ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެރީން ބުނާ ބަހަކީ ޖޯކެއް ނޫނެވެ. ބުނާ ކޮންމެ ބަހަކީ ރައްޔިތުންނަށް ވެވޭ ވައުދެކެވެ. އެކަންކަން ފުއްދުމަކީ ވާޖިބުވާ ކަމެކެވެ. އަމާނާތެކެވެ. މީހަކު ބުނީތީ ވާހަކަތައް ތަކުރާރު ކުރުމަކީ ވެރީންގެ އާދަކާދަ ތަކާއި މުޅީން ބީރައްޓެހި ކަމެކެވެ. ނުވާވަރުން ވައުދުތައް ވެގެން ނުވާނެއެވެ. ދީނީ ގޮތުންވެސް ވައުދަކީ ފުއްދަން ޖެހޭ އެއްޗަކަށް ވާތީއެވެ. 

ވިޓޯލް ކިޔާ ކުންފުންޏަކާއި ހަވާލުކޮށް ދިވެހި ދައުލަތުން އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށް އެތައް ލައްކަ ރުފިޔާއެއް އިވެންޓް މެނޭޖްކުރަން ހަވާލުކޮށްގެން ފެށި ބަންކަރިން ނިމިދިޔައީ ސުނާމީގައި އެތެރެކުރި ކަޅު ހަމަށް ފެންއަޅައިގެންނެވެ. ދައުލަތަށް ލިބުނު ކުރިއެރުމެއް ނެތެވެ. ޖީޑީޕީއަށް ލިބުނު ކުރިއެރުމެއް ނެތެވެ. އެހެންނަމަވެސް ފިނިފެންމަލަކުން ލިބުނު ހިތްހަމަ ޖެހުމަށް އޮޔާ ދިޔަ އުނބެއް ފިނިފެން މަލުގެ ބަސް ތަކުރާރު ކުރިއެވެ. މި މަސައްކަތަކީ މަަޖިލިސް އިންތިހާބާއި ދިމާކޮށް ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެކެވެ.

ބަންކަރިން ހިދުމަތް ތައާރަފްކުރަން އެންމެ ފުރަތަމަ އިއުލާނު ކުރީ 2024 ވަނަ އަހަރުގެ ފެބްރުއަރީ ގައެވެ. އޭގެ ފަހުން ޖުލައި މަހަށް ބަދަލު ކުރިއެވެ. ޖުލައި މަހު ކަނޑަ އެޅި އައު ތާރީހަކީ އޯގަސްޓް މަހުގެ 22 އެވެ. މި ހިދުމަތުގެ ރަސްމީ މަސައްކަތް ފެށުނީ ސެޕްޓެމްބަރ 19 ވަނަ ދުވަހުއެވެ. އޭރު އޮތީ ރައްޔިތުން އަވާ މެންދުރެއްގައި ޖައްސާ ސަރުކާރުން މަޖިލިސް ގޮނޑިތައް މަކަރާއި ހީލަތުން ނަގާފައެވެ.

ރަސްމިއްޔާތާއި ގުޅިގެން ބޭއްވި އެކިއެކި ރަސްމިއްޔާތު ތަކުގައި މިނިސްޓަރ ސައީދު ބުނެފައިވަނީ 2025 ޖެނުއަރީ އާއި ހަމައަށް ދާއިރު 1970 ވަނައަހަރު ތަކުގެ ތެރޭގައި ޑޮލަރު ލިބުނު އަގަށް ޑޮލަރު ގަންނަން ލިބޭނެ ކަމަށާއި އަހަރު ދުވަސް ތެރޭ ދިވެހި ދައުލަތުގެ ޖީޑީޕީއަށް މި ބަންކަރިން ހިދުމަތުން މުޅީން އަލަށް 400 މިލިއަން ޑޮލަރު ވަންނާނެ ކަމަށެވެ. މި ބަސްތައް ރައީސުލް ޖުމްހޫރިއްޔާވެސް ގިފިލި ގުރައެއް ގޮވާހެން ތަކުރާރު ކުރިއެވެ. 

އިންވެސްޓްމަންޓް ފައިނޭސް  ބޭންކެއްގެ ހިދުމަތް ފެށުމަކީ ވެސް މި ގޮތަށް ދިޔަ ކަމެކެވެ. މޯލްޑިވްސް ޑިވްލޮޕްމަންޓް ބޭންކް ލިމިޓެޑްގެ ނަމުގައި 2024 މެއި 16 ވަނަ ދުވަހު މިނިސްޓަރ ސައީދު ވަނީ ރައީސް މުއީޒުލައްވާ މި ބޭންކު ހުޅުވާފައެވެ. ސަރުކާރުގެ ޕްރޮޖެކްޓް ތަކަށް ފަންޑު ހޯދުމާއި ރައްޔިތުންނަށް ބޭނުންވާ މަސައްކަތު ލޯނު ފަސޭހަ ކަމާއިއެކު ކުޑަ އިންޓަރެސްޓެއްގައި ލިބިދިނުމުގެ މަގްސަދަށް ހުޅުވި ބޭންކެކެވެ. ގާތްގަޑަކަށް 2 އަހަރު ދޮށީ މި ބޭންކު މިއަދު ދިވެހިރާއްޖޭގެ ޗާޓުން ގެއްލިއްޖެއެވެ. މިއީވެސް ގުރައެއް ގޮވި އުސޫލުން މުއީޒު ރިޕީޓު ކޮށް ފެއިލްވި ކަމެކެވެ. 

އަނެއްކާވެސް އަނެއް ވާހަކައެވެ. 15 ޖޫން 2026 ވަނަ ދުވަސް މިވީ އަނެއްކާވެސް މިނިސްޓަރ ސައީދު ގޮވި ގޮވެއްޔެއް ރައީސް މުއީޒު ތަކުރާރު ކުރި ދުވަހަކަށެވެ. ދައުލަތުގެ ޖީޑީޕީއަށް %15 ކޮންޓްރިބިއުޓް ކުރާނެ ސިނާއަތެއްގެ ވާހަކައެވެ. މިއީ ސައީދު ގޮވާ ގޮވުން މުއީޒު ރިޕީޓު ކުރާ ތިންވަނަ މެގަރ ޕްރޮޖެކްޓެވެ. ދިވެހީން ތިބެންވީ ގައިގައި ތެޔޮ އުނގުޅައިގެން ދަތްބޯލަބޯލާ 2030 ވަނައަހަރުގެ އިންތިޒާރުގައެވެ. 

މިއަދު ޑޮލަރު ލިބެނީ 20.30 ރުފިޔާއަށެވެ. ދައުލަތުގެ ޖީޑީޕީއަށް 50 ސެންޓުވެސް ނުވަދެއެވެ. ބޭންކު ހިންގަން އިމްޕޯޓު ކުރި ހުރިހާ މުވައްޒަފުންވެސް ފިލައިފިއެވެ. އަނެއްކާ އަނެއް ތެޔޮ ފުޅި ހުސްކުރީއެވެ. ދޮށީ އުމުރުގެ ބޭފުޅަކު ބުންޏެވެ. 

“ހޯދާ ނުބަލާ ކަމަކު ތެރަށް ބޯ ނުމަހާނދޭ،  ބޯދާބަހެކޭ ގޯހެކެ މަކޮޔާ ނުހިތާނދޭ”

އޭނާ މި ބުނަން އުޅުނު ވާހަކައެއް ނޭނގުނެވެ. ނަމަވެސް ތިމާގެ ފެންވަރު ނޯޅޭށޭ ބުނާކަހަލަ ކަމަށް ބަލާ ނިންމާލީއެވެ. ކޮންމެއަކަސް އެނގުނީ، ވަލު ފުޅަށް މަތިން ފުންމާލައިގެން ވެރިކަމުގެ ގޮނޑީގައި އިނީމަވާނެ ހުރިހާގޮތެއް ވާނެ ކަމަށް ގަބޫލުކޮށް ނިންމަން ވެއްޖެކަމެވެ. ދިވެހިރާއްޖެ ދިރި ދެމި އޮންނާން ވާނެއެވެ.

]]>
Wed, 17 Jun 2026 05:53:21 +0500 ހަވާ
ޕްލާސްޓިކް ގަވައިދު ބަދަލުކުރުމުގައި އިހުސާންގެ މަސްލަހަތު https://heerasnews.com/4284 https://heerasnews.com/4284 2023 ގައި ސިންގަލް ޔޫސް ޕްލާސްޓިކް (އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް) ބޭން (ބޭނުންކުރުން ހުއްޓާލުން) ކުރާނެކަމަށް 2019 ވަނައަހަރު އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އދ ގައި ހާމަ ކޮށްފައެވެ. އެކަމަށް މަގުޗާޓެއްވެސް ކަނޑައެޅިއެވެ. 2020 ވަނައަހަރު ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓުވުމުގެ ޕްލޭން ފާސްކުރިއެވެ. އަދި މުދާ އެތެރެކުރުމާއި ބޭރު ކުރުމުގެ ގާނޫނަށްބަދަލުތައްވެސް ގެނައެވެ. އަދި ރިޔާސީ ގަރާރަކުން މަނާ ކުރާ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތައް ލިސްޓު ކުރިއެވެ. 

އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ތެރެއިން ފުރަތަމަ ބުރުގައި މަނާ ކުރާ ބާވަތްތައް 1 ޖޫން 2021 ގައި އާންމުކޮށް އިއުލާނު ކުރިއެވެ. 23 މެއި 2022 ގެ އިއުލާނުން ފުރަތަމަ ބުރުގައި މަނާ ކުރާ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކުގެ ބާވަތްތައް 1 ޖޫން 2022 އިން ފެށިގެން މަނާ ވާނެ ކަމަށް އެންގިއެވެ. އަދި އެކިއެކި ގާނޫނުތަކަށް ގެނައި ބަދަލުތަކުގައި އެ ބާވަތްތައް ހިމެނިއެވެ. 

މުއިއްޒުގެ ވެރިކަމުގައި ރިޔާސީ ގަރާރަކުން ފުރަތަމަ ބުރުގައި މަނާ ކުރާ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކު ބާވަތްތަކުގެ ލިސްޓަށް 2023 ނޮވެމްބަރ މަހު ބަދަލު ގެނައެވެ. 500 އެމްއެލް އާއި 1 ލީޓަރު ޕްލާސްޓިކް ފުޅި މަނާ ކުރަން ނިންމާފައިވާ މުއްދަތު 2025 ޑިސެމްބަރުގައި އިތުރު ކުރިއެވެ. އެ ބަދަލުގައި ވަނީ 2025 ގެ ބަދަލުގައި 2027 އާއި 2028 ގައި އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ފުޅި މަނާ ކުރުން ފަސްކޮށްފައެވެ. 

މުއިއްޒު ގެނައި މި ބަދަލު ތަކަކީ ތިމާވެއްޓާއި ގުޅިގެން ނުވަތަ ރައްޔިތުންތަކަކާއި ގުޅުން އޮތް ބަދަލެއް ނޫނެވެ. މި ބަދަލަކީ ވިޔަފާރީގެ ބަދަލެކެވެ. ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށް އެންމެ ގިނައިން ވިއްކަނީ ރާއްޖޭގެ ފެން ކުންފުނިން އުފައްދާ ތާޒާ ފެނާއި ހެޕީ މާކެޓުން އުފައްދާ ލައިފް ފެނާއި މާލޭ އޭރޭޓެޑް ވޯޓަރ ކޮމްޕެނީ އިން އުފައްދާ ބޮނަކުއާ ފެނެވެ.

އެމްޑަބްލިޔުއެސްސީ އާއި ހެޕީ މަކެޓާއި މާލޭ އެރޭޓެޑް ވޯޓަރސް ކޮމްޕެނީން ބައި ލިޓަރާއި ދޮޅު ލީޓަރާއި ފަސް ލީޓަރުގެ ފެންފުޅިތައް ބާޒާރަށް ނެރެއެވެ. ވައްތަރަކުން ގާތްގަނޑަކަށް 30،000 އަށްވުރެ ގިނަ ފެންފުޅި ޕްލާސްޓިކް ފުޅީގައި ދުވާލެއްގެ މައްޗަށް ބާޒާރަށް ނެރެއެވެ. ކުރިން ކަނޑައަޅާފައި އޮތްގޮތަށް ޕްލާސްޓިކް ފުޅިތައް މަނާ ކުރުމުން މި ވިޔަފާރިތަކަށް ބޮޑެތި ގެންލުންތައް ކުރިމަތި ވާނެއެވެ. 

2017 ވަނަ އަހަރުން ފެށިގެން ލައިފްފެން އުފައްދާ މިންވަރު ޑިމާންޑާއި އެއްވަރަށް އިތުރު ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށް އޭރުގެ ހެޕީ މާކެޓުގެ ޖެނެރަލް މެނޭޖަރ އަލީ އިހުސާނު ވަނީ ހާމަ ކުރައްވާފައެވެ. އަލީ އިހުސާނަކީ މުއިއްޒު ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ހެޕީ މާކެޓަކީ ބުނެވޭ ގޮތުންނަމަ ސަރުކާރުގެ މައި އެއް ފައިނޭންސަރެވެ. އަލީ އިހުސާން ފަދަ މީހުންގެ ޒާތީ މަސްލަހަތުގައި ބައިނަލްއަގުވާމީ ނިންމުންތަކާއި އިއުލާނު ކުރުންތައް ވެރިކަމުގެ ފަރާތުން ބަދަލު ގެނައުމުގެ ނުރައްކާތެރިކަން ވާނީ ބޮޑެތި ކަންކަމަށެވެ. 

ހެޕީ މާކެޓުގެ ބާރު އޮންނަ ސަރުކާރަކަށް ވުމުން ހެޕީ މާކެޓު ރުއްސުމަށާއި އަލީ އިހުސާނު ކޮންޓްރޯލްގައި ގެންގުޅުމަށް ސަރުކާރުން އެންމެ ފުރަތަމަވެސް ކުރި ކަމަކީ 2023 ޑިސެމްބަރ ގައި އަމަލު ކުރަން ނިންމާފައިވާ ނިންމުން ބަދަލު ކުރުމެވެ. އަދި އަލަށް އެކުލަވާލި އޮނިގަނޑުން ތިމާވެށީގެ މިކަމަށް އަމަލު ކުރުން ވަނީ 2027 އަހަރާއި 2028 ވަނަ އަހަރަށް ބަދަލު ކޮށްފައެވެ.

އަމީނީ މަގުގައި ހުރި ހެޕީ މާކެޓް މައި އޮފީސް ހުރި އިމާރާތް ދައުލަތުގެ ބޭނުމަށް ނަގަން އޭރުގެ މޭޔަރު (މިއަދުގެ ރައީސް) ޑރ މުއިއްޒު ހިމެނޭ ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށްވެއެވެ. ނަމަވެސް އެކަންވެސް ނުވާކަމަކަށް ވަނީ ހަދާފައެވެ. މިފަދަ ކަންކަމުން އެނގިގެން ދަނީ ސިޔާސީ ބޭނުންތައް ހާސިލު ކުރުމަށް ކޮންމެ ކަމެއްވެސް ވެރީން ކޮށްފާނެކަމެވެ. އަދި ތަނަވަސްކަން އިތުރުވާ ވަރަކަށް ބޮޑެތި ކުންފުނިތައް ދަހިވެތިވެ ގޮތް ހުސްވާނެ ކަމެވެ. 

މަހަކު 50 މިލިއަން ރުފިޔާގެ ހެޕީ ވާވަރުގެ ފައިދާއެއް ދެމެހެއްޓުނީ މުއިއްޒު ސަރުކާރުގެ ސަބަބުންނެވެ. އަލީ އިހުސާނަށް ހެޕީ މާކެޓުން އަބަދުގެ އަބަދަށް ޝުކުރު ވެރިވާނެއެވެ. ރައްޔިތުންނަށް ކޮޅުދާއްޔެވެ. ވެރިންނަށް ރަން އިލޮށީން ކަދުރެވެ.

]]>
Tue, 16 Jun 2026 05:26:14 +0500 ހަވާ
އޮޕަރޭޝަން ކާމިޔާބު & ޕޭޝެންޓް ވީ މަރު https://heerasnews.com/4277 https://heerasnews.com/4277 ސްޕޯޓްސް މިނިސްޓަރުގެ މޭސްތިރިކަމުގައި ރިޔާސީ އިންތިހާބެއް ބާއްވާދިނުން އެދެމެވެ. މިނިސްޓަރަށް ކާމިޔާބާއި ނާކާމިޔާބު އޮޅިފައި އޮތުމުން އެގެނީ ސަރުކާރުގެ އިސްވެރިންގެ ހާލަތެވެ. އޮޕަރޭޝަން ކާމިޔާބު ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ޕޭޝަންޓް ކޮބައިތޯ އަހާލުމުން ވިދާޅުވީ ޕޭޝަންޓް މަރުވެެއްޖެ ކަމަށެވެ. އެހެންނަމަވެސް އޮޕަރޭޝަން ވަރަށް ކާމިޔާބެވެ. ދަރިވަރުން ހެދި ޓެސްޓުތަކުގެ ނަތީޖާ ވަރަށް ރަނގަޅެވެ. އެހެންނަމަވެސް އެއްވެސް ކުއްޖެއް ފާހެއް ނުވެއެވެ. 

ހުރިހާ އެއްޗަކީ އިންތިހާބެއް ނޫނެވެ. އަދި އިންތިހާބާއި ހަމައިން ކަންކަން ނިމުނީކީވެސް ނޫނެވެ. އިންތިހާބުތަކަށް ކުރި ހަރަދާއި އިންތިހާބާއި ވިދިގެން ހަދިޔާގެ ގޮތުގައި ބެހި ވަޒީފާތަކަކީ ދާއިމީ ހައްލެއްވެސް ނޫނެވެ. އިންތިހާބުން ކާމިޔާބު ލިބުނަސް އަދި ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނަސް އިންތިހާބުގެ ފަހުން ކުރަން ޖެހޭ މަސައްކަތް އިތުރުވެއެވެ. އިންތިހާބަށް ހޭދަކުރި ފައިސާއާއި ފައިސާއިން ލިބުނު ނަތީޖާ އާއި އަޅުވާ ކިޔާލުމެވެ. ވަޒީފާގެ ބާޒާރަށް އަލަށް ނެރުނު މެމްބަރުންނަށް މުސާރައާއި އިނާޔަތް ދެމެހެއްޓެނިވި ގޮތަކަށް ދޭނެ ގޮތް ހޯދުމެވެ. 

އިންތިހާބަކީ މުޖުތަމައު ބައިބައި ކުރުވާ ކަމެއްގެ ގޮތުގައި އޮންނަންވާނެ ކަމެއް ނޫނެވެ. އިންތިހާބުތަކަކީ އުންމީދުތަކެއްގެ ފެށުމަށް ކުރެވޭ މަސައްކަތްތަކެއް ގޮތުގައި ދެކެން ޖެހެއެވެ. އިންތިހާބުތަކުން ބަލިވުމުގެ ނަތީޖާއަކުން އިންތިހާބާއި ދިމާކޮށް ދިން ވަޒީފާތަކުން ވަކި ކޮށްގެންވެސް ނުވާނެއެވެ. އެކަމުން ލިބޭނީ ދާއިމީ ގެއްލުމެކެވެ. ވަޒީފާއަކީ ދީދީފައި އަތުލާ އެއްޗެއްގެ ގޮތުގައި އޮންނަ އޮތުމަށް ބަދަލު ތަކެއް ބޭނުންވާނެއެވެ. ޑިމޮކްރެޓިކް މުޖުތަމައު ތަކުގައިގައި އިންތިހާބުތައް އޮންނަނީ ވަގުތީ ވަޒީފާއުފައްދާކަށް ނޫނެވެ. އެ ފަލްސަފާއާއި ފެޔަށް ޖެހިލަން ޖެހެއެވެ. 

ރަނގަޅު މުޖުތަމައުތަކުގައި އިންތިހާބުތައް ބައްޓަންވަނީ ދާއިމީ ހައްލު ތަކަކަށެވެ. ގަބޫލުވާ ކެނޑިޑޭޓެއްގެ ފަރާތުން ދުރުރާސްތާގައި އެ މުޖުތަމައުއަކަށް ލިބޭނެ މަންފާއަށެވެ. ވަކިވަކި މަސައްކަތްތަކުން އުފެއްދޭނެ ދާއިމީ ވަޒީފާ ތަކުގެ މައްޗަށެވެ. އާމްދަނީ އިތުރުވާނެ ފަދަ އައު މަސައްކަތްތަކަށެވެ. ދާއިމަށް ރައްޔިތުންނަށް ލިބޭނެ ލުއި ފަސޭހަ ކަމަށެވެ. ސިއްހީ ހިދުމަތާއި، ތައުލީމީ ހިދުމަތާއި، މުޖުތަމައުގެ ރައްކާތެރިކަމަށް އަޅާދޭނެ ފިޔަވަޅުތަކާއި އަމަލު ކުރެވޭނެ ސިޔާސަތަށެވެ. ދަތުރުފަތުރުގެ ފަސޭހަކަމާއި، އިތުރު އާމްދަނީގެ ސިނާއަތްތަކަށް މުޖުތަމައު ހުޅުވާލެވޭނެ ދޮރުތަކުގެ ސިޔާސަތުތަކަށެވެ. ފުދުންތެރި ދިރިއުޅުމެއް އުޅެން ކޮށޭނެ މަގުތަކެއްގެ މައްޗަށެވެ. ދޮގުހަދާ މީހުން ވާ ވައްދާން ކުރާ މަސައްކަތްތަކަކަށް ނޫނެވެ. 

ސަރުކާރުގެ މަގުބޫލުކަމާއި ކުޅަދާނަކަން ދައްކާ އެ ފަރާތުގެ ކެންޑިޑޭޓު ކުރިޔަށް ނެރެން ގިނަގުނަ މަސައްކަތް ކުރެއެވެ. ބައެއް ތަރުޖަމާތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށްވެސް ކުރެވޭތަން އާދެއެވެ. ސަރުކާރުން ކަންކަން ކުރުމުގެތެރޭގައި ދައުލަތުގެ ބަޖެޓު ހުޅުވާލާ، ވަޒީފާގެ ބާޒާރު ހުސްކޮށްލާ، ހަދިޔާބަދިޔާ ބެހުމަކީ ދައުލަތްތަކާއި ހަވާލުވެ ތިބޭ ފަރާތްތަކުން މުޖުތަމައުގެ މާހައުލު ކިލަނބުކުރުމަށް ގަސްތުގައި ކުރާ ކަންކަމެވެ.

މިނިސްޓަރުދައްކާ މަގުން ލިބޭ ވަގުތީ މަންފާއަށް ނޫނެކޭ ބުނަން ކެރެން ވެއްޖެއެވެ. ލިބޭ ވަގުތީ ސިޓީ އުރަޔަށް ނޫނެކޭ ބުނަން ދަސްކުރަން ޖެހެއެވެ. ތިމާގެ އައިޑީ ކާޑަކީ 2000 ރުފިޔާއަށް ނުވަތަ 5000 ރުފިޔާއަށް ވިއްކާ އެއްޗަކަށް ހަދައިގެން ނުވާނެއެވެ. 

އިންތިހާބަކުން ބަލިވުމަކީ ލިބޭ ފިލާވަޅެކެވެ. އެ ފިލާވަޅު އެނގި ދަސްވާން ޖެހެއެވެ. އިސްލާހު ކުރަންވީ ކަންކަން އެގެން ޖެހެއެވެ. 24 ގަޑިއިރު ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިޔާ ބޭނުންވާ ގާނޫނެއް ފަރުމާކޮށް ފާސް ކުރެވޭނަމަ، ޖަލުގައި ހުރި މީހަކު 12ގަޑިއިރުތެރޭ މިނިވަން ކުރެވޭނަމަ، ބޭންކު ލޯނު 6 ގަޑިއިރުން ހަމަޖައްސާލެވޭނަމަ، ބޭނުން ވަޒީފާއެއް 2 ގަޑިއިރު ތެރޭގައި ހަމަޖައްސާ މުސާރަ ކަނޑައަޅާ ލެވޭނަމަ ވެރިމީހާ މި ރާއްޖެއާއި ރާއްޖޭގެ ކަންކަން ހައްލު ކުރަންވެސް ނަގަން ވާނީ ނިސްބަތުން ކުޑަ ވަގުތު ކޮޅެކެވެ. 

ޖުމްލަކޮށް މުޖުތަމައަށް ފައިދާވާނެ ކަންކަމަށް ވިސްނުން ބަދަލުކޮށް، ވަގުތީގޮތުން ލިބޭ މަންފާތަކަށް ވިސްނާފައި ގޮތް ނިންމަން ފަށަން ވެއްޖެއެވެ. ދިވެހީންގެ ވިސްނުމުގެ މިސްރާބު ބަދަލު ނުކުރާނަމަ، ދިވެހިރާއްޖޭގައި ބޮލަކަށް ދަރަނި ޖެހޭ މިންވަރު މިހާރު އޮތް ގާތްގަޑަކަށް 292،000ރުފިޔާ އިން މައްޗަށް އަރަންވެސް ނަގާނީ ހިނދު ކޮޅެކެވެ. ހިނދު ކޮޅުން ހޭލާ ދިވެހިރާއްޖެ އާރާސްތު ކުރަން ވެއްޖެއެވެ. ދިވެހިންނާއި ދިވެހިރާއްޖެ ދިރި ދެމި އޮންނަން ވާނެއެވެ.

]]>
Sun, 14 Jun 2026 11:16:28 +0500 ހަވާ
އަލިވިލުނީ ޝުކުރިއްޔާ އިންޑިއާ އަކުން https://heerasnews.com/4273 https://heerasnews.com/4273 ހެނދުނުގެ އަލިވިލުނީ ޝުކުރިއްޔާ އިންޑިއާއަކުންނެވެ. ހުރިހާ ނޫސްތަކެއްގެ ބޮޑުހަބަރަކީ ވެކްސިން ޝިޕްމަންޓެއް ލިބުނު ހަބަރުތަކުންނެވެ.

ހިތަށް ވެރިވި ސުވާލުތައް ގިނައެވެ. ސުވާލުތައްވެސް ގިނަވިއެވެ. ހަގީގަތުގައިވެސް ޝުކުރު ކުރަންޖެހެއެވެ. ދިވެހީންގެ ބޭނުންތައް ދިވެހީންނަށް ނޭނގުނަސް އަވަށްޓެރިންނަށް އެގޭތީއެވެ. އެވެރިން ދިވެހީންގެ ކަންކަން ގާތުން ބަލާކަން އެގުނެވެ. 

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯޒް މީސަލްސް ވެކްސިން ހަދިޔާ ކޮށްފި ކަމަށް އިއުލާނު ކުރި ހިސާބުން ރާއްޖޭގެ ހާލަތާއި މެދު މާޔޫސްވިއެވެ. ކަންބޮޑުވިއެވެ. ދިވެހީންނަށް 11،000 ޑޮލަރު ހޭދަކޮށްލާން ނުލިބުމަކީ ލަދުވެތި ކަމެކެވެ. މި ސަރުކާރުން ދިވެހިންގެ ހައްގުގައި ހަރަދުކޮށްލާނެ 170،000ރުފިޔާ ހަރަދުކުރުން އިސްރާފަކަށް ވަނީ ތޯއެވެ.

ދެލައްކަ ރުފިޔާ ދިވެހި ސަރުކާރުން ދިވެހީންނަށް ހަރަދު ކުރަން ބޮޑުވީ ތޯއެވެ. ބޭނުމެއް ނެތް އެތައް މަގާމު ތަކަކަށް މާގިނަ ފައިސާ އިސްރާފުވެއެވެ. ދައުލަތުގެ ވެރީން ދުވާލަކު ދައުލަތުގެ ހަރަދުގައި ކާކެއުމަށް އެކަނިވެސް 2 ލައްކައަށް ވުރެ ގިނަ ފައިސާ ހަރަދު ކުރާނެއެވެ. މުލީޔާގޭގެ ކޮއްތާއި އާރަށުގެ ހަފްތާ ބަންދުގެ ލޯންޗް ދަތުރަށް އެކަނިވެސް 2 ލައްކަ ރުފިޔާއަށްވުރެ އިތުރަށް ހަރަދު ކުރާނެއެވެ. 

އިންޑިއާގައި މީސަލްސް ވެކްސިން ޑޯޒެއް އިންޖެކްޝަނާއި އެކު ގަންނަން ލިބެނީ ގިނަވެގެން 0.62 ޑޮލަރަށެވެ. އެއީ ނުވަ ރުފިޔާ ބަޔެވެ. އާންމުކޮށް މި ވެކްސިންގެ 2 ޑޯޒް ޖަހަން ޖެހެއެވެ. އެހެންވިޔަސް މިވަނީ ގިނަވެގެން 20 ރުފިޔާއެވެ. ދިވެއްސަކަށް 20 ރުފިޔާ ހަރަދު ކޮށްލާނެ ވަރު ނެތީކަމަށް ސަރުކާރުން އިއުލާނު ކުރީތޯއެވެ. 

ވެކްސިން ޑޯޒްތައް ހަދިޔާ ކުރި އިވެންޓް މާކެޓުކޮށް ހުރިހާ ނޫސްތަކެއްގައި ހަބަރު ޖަހަން ވެސް ގާތްގަނޑަކަށް ވެކްސިންތައް ގަންނަން ހިނގާނެހާ ހަރަދު ހިނގާނެ ކަމަށް މީހުން ބުނެއެވެ. 

އިންޑިއާ އަކީ ދިވެހީންނަށް ވަރަށް އެހީތެރިކަން ޒަމާނުންސުރެ ފޯރުކޮށްދޭ ބަޔެކެވެ. ދިވެހިންނާއި ދޭތެރޭ ހާއްސަ ގާތްކަމެއް ބާއްވާ ބައެކެވެ. އެކަމަށް ޓަކާ ޝުކުރުވެރި ވަމެވެ.

]]>
Fri, 12 Jun 2026 15:42:03 +0500 ހަވާ
މުއިއްޒަށް ނުވާނެންޏާ މަޖިލީހުގެ ރައީސަށް ސިޓީލިޔެދޭނެ މީހުން އެބަތިބި https://heerasnews.com/4269 https://heerasnews.com/4269 ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރާނެ ފޯމިއުލާ ނެތިއްޔާ އާމްދަނީ ލިބޭ މިންވަރުން ހަރަދުތައް ދަމަހައްޓަން އެގެން ޖެހޭނެއެވެ. ވެރިއެއްގެ އެންމެ އަސާސީ ބޭނުމަކީ އެއީއެވެ. ލިބޭ އެއްޗެއް ޖަހާތާއި އައްޔާޝީއަށް ތަޅާ ހުސްކުރުމެއް ނޫނެވެ. އާމްދަނީ އިތުރު ކުރެވޭނެ ކަންކަމަށް ވިސްނުންތެރިކަމާއި އެކު ހަރަދު ކުރުމެވެ. ގައުމަށް ޓަކައެވެ. ގައުމުގެ ދަރީންނަށް ޓަކައެވެ. ދަރީންނާއި ދަރީންގެ ދަރީންގެ މުސްތަގުބަލަށް ޓަކައެވެ.

ވެރިންގެ ވިސްނުން ނޭފަތުކުރިޢައި ހަމައަށް ހުރިއްޔާ ލިބޭ އެއްޗަކުން ނުވެސް ފުއްދޭނެއެވެ. ގައުމާއި ރައްޔިތުން ދަރާ ހުލިވެދާނެއެވެ. ދަރިންގެ ބޮލުގައި އަޅުވަން ޖެހޭނީ ދަރަންޏެވެ. ރައްޔިތުންނަށް ޅަ އެއްޗެއް އެޅި ވެރިއަކަށް ހޮވީތީއޭ ބުނެ ހުރިހާ ކަމެއް ފާލުން ނައްޓުވާލާ ގައުމެއް ސުންނާފަތިވާން ދޫކޮށްލައިގެން ނުވާނެއެވެ. ޒިންމާ ނަގަން ޖެހޭނެ، ޒިންމާދާރު ވާން ޖެހޭ، ޒިންމާދާރު ކުރުވަން ވެސް ޖެހޭނެއެވެ.

ދައުލަތުގެ ވެރީންނަށް އަބަދު އިންތިހާބު ފެންނަނަމަ އަބަދު އުޅޭނީ އޮޅުވާލުމުގައެވެ. ގައުމު ފެންނާނީ ފަހުންނެވެ. ރައްޔިތުން ފެންނާނީ އަމުދުން މާ ބޮޑަށްވެސް ފަހުންނެވެ. ނުބައި ނުލަފާ މިނިކާވަގަކު ހިފަން ބޭނުންވާ ބަކަރި ފައި ދައްކާ އުސޫލުން ކަންކަން ކޮށްގެން ނުވާނެއެވެ. 

ދިވެހިދައުލަތުގެ މާޒީއަށް ވިސްނާލަން ޖެހެއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ތައުލީމަށް ގިނަ ގުނަ ކަންކަން ފެއްޓެވިއެވެ. 30 އަހަރު ތެރޭގައި ގައުމު ތަރައްގީ ވިތޯ ނުވޭތޯ ބަހުސަކަށް ދާކަށް ނުޖެހެއެވެ. އިންސާނީ ވިސްނުމަށް ހެޔޮ ބަދަލު ތަކެއް ގެނުވިއެވެ. ރައީސް ނަޝީދު ޑިމޮކްރަސީގެ ނަން ވިއްކެވިއެވެ. ޑިމޮކްރަސީ އަށް ރައްޔިތުން ހޭލުންތެރިވިއެވެ. ރަގަޅާއި ގޯސް ބަހުސަކަށް ދޫކޮށްލެވިދާނެއެވެ. މިއްޔަކީ ގައުމެއް ގައުމެއްގެ ގޮތުގައި އޮތް އޮތުމުގެ އަސްލަށް ގޮން ޖެއްސެވިތޯ ބަހުސް ކުރުމުގެ މާހައުލެއް ނޫނެވެ.

ރައީސް ޔާމީން ވެސް ގައުމު ތަރައްގީ ކުރަން ގިނަ ގުނަ މަސައްކަތް ތަކެއް ކުރެއްވިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހި ވެގެންދިޔައީ ދިވެހި އިގްތިސާދު ކުރިއަށް ދިޔުމުގެ ފިޔަވަޅަކަށެވެ. އިތުރު ރިސޯޓް ތަކެއް ތަރައްގީ ކުރިއެވެ. ބޭރުފައިސާ ހޯދޭނެ އިތުރު ފުރުސަތު ތަކެއް ހޯއްދެވިއެވެ. ބައިނަލް އަގުވާމީ އެއަރޕޯޓްގެ ޕެސެންޖަރ ކެޕޭސިޓީ 1.7 މިލިއަނުން 7.5 މިލިއަނަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ފެއްޓެވިއެވެ. ރާއްޖޭގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމުގެ މަސައްކަތް ތަކެއް ފެއްޓެވިއެވެ. ގައުމީ އެސެޓް ބިނާ ކުރެއްވީ އެއްވެސް ތަނެއް ވިއްކާ ނުލައްވައެވެ. 

ރައީސް ސޯލިހުއާއި ހަމައިން ފެނިގެން ދިޔައީ އާލަމީ ބޮޑު ބަލިމަޑު ކަމެކެވެ. ރައީސް ޔާމީން ފެއްޓެވި ބައެއް މަސައްކަތުގެ ފޮނި މީރުކަން ހޯއްދަވާ ދެއްވިއެވެ. އަސާސީ ހިދުމަތްތައް ކުޑަރަށެއް ބޮޑު ރަށެއް ނުބައްލަވާ ގާއިމުކޮށް ދެއްވުމުގައި ގިނަ މަސައްކަތްތަކެއްކޮށް ނިންމިއެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރާއި ބައި ވީއެވެ. ކޮށްދޭނެ ކަމަށް ވިދާޅުވި ކޮންމެ ކަމެއް ނިމެނީ ޖަމަލު ފޮޑިއަކަށް ވެގެންނެވެ. 2018 ވަނަ އަހަރު ނިމުނު އިރު ޕެޓްރޯލް ލީޓަރެއްގެ އަގު އުޅެނީ ނުވަ ރުފިޔާ ލާރި ކޮޅެއްގައެވެ. މިއަދު ޕެޓްރޯލް ލީޓަރެއްގެ އަގު ހުރީ 16 ރުފިޔާ ލާރި ކޮޅެއްގައެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލެނީއެވެ. ޑޮލަރެއްގެ އަގު 2018 ނިމުނު އިރު ހުރީ 15.65ރ. ވަރުގައެވެ. 2023 ވަނައަހަރު ނިމުނު އިރު ހުރީ ގާތްގަޑަކަށް 17ރ ވަރުގައެވެ. މިއަދު ޑޮލަރު ގަންނަން ލިބެނީ 20.25ރ އަށެވެ. ގައުމު ދުވަނީ ރިވާސް ގިޔަރުގައެވެ. 

2023 އިން 2026 އަށް މިހާތަނަށް ގައުމުގެ އިގްތިސާދަށް ފައިދާއެއް ވާނެ މަސައްކަތެއްގެ ވާހަކައެއް އަޑެއް ނީވެއެވެ. އަބަދުވެސް އިވެނީ ކަރަންޓާއި ބިލު ބޮޑުވާ ވާހަކަ އެވެ. ތެލުގެ އަގު ބޮޑުވާ ވާހަކައެވެ. އިތުރު ޓެކްސްއެއްގެ ވާހަކައެވެ. ޖޫރިމަނާ ބޮޑުވާ ވާހަކައެވެ. ޒަރޫރީ ބޭނުން ތަކަށް ބޭނުންވާ ތަކެތީގެ އަގު އުފުލޭ ވާހަކައެވެ. މަސްވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާހަކައެވެ. މުދާ ނުލިބޭ ވާހަކައެވެ. އިމާރާތް ކުރުމަށް ބޭނުންވާތަކެތީގެ އަގުތައް އުފުލޭ ވާހަކަ އެވެ. އިމާރާތް ކުރުމުގެ އަގުތައް އުފުލޭ ވާހަކައެވެ. މުސާރަ ދީފައި ވެރީން މަޖާކޮށްލަން ދަތުރެއް އަޅާލާފައި ރައްޔިތުންނަށް ދޭނެ އެއްޗެއް ނެތް ވާހަކައެވެ. އެންސްޕާ ގެ ފައިސާއިން ޗެނަލެއް ގަތް ވާހަކައެވެ. މީގެން ކަމަކާ އެއްޗެއް ބުނާ ކޮންމެ މީހަކަށް އަންނަނީ ޗިޓެކެވެ. ނޫނީ ނިކުންނަނީ ގެގް އޯޑަރެކެވެ. “ތިޔަހެނެއް ނުކިޔޭނެކަމަށެވެ”. 

ހިދުމަތް ތަކުގެ އަގު ތިރިއެއް ނުވެއެވެ. ޑޮލަރެއް ނުލިބެއެވެ. ތަކެތީގެ އަގުތައް ނުހިފެހެއްޓެއެވެ. ބުނާ ބަހަކާއި އަމަލާ ދިމަލެއް ނުވެއެވެ. ކަމެއް ކޮށްދޭނެ ކަމަށް ބުނެފިއްޔާ އެކަމެއް ނުވެއެވެ. އަޅާ ނުލައިފި ނަމަ ހަނދާނަކު ނުހުރެއެވެ. ނުކުރާނެ ކަމަށް ބުނި ހުރިހާ ކަމެއް ކޮށްފިއެވެ. 

ދައުލަތެއްގެ ސިފަ ގެއްލި ހުތުރުވެއްޖެއެވެ. ތިން ބާރެއް ނެތެވެ. އޮތީ އެއްބާރެވެ. މިނިވަން މިއައްސަސާއެއް ނެތެވެ. އޮތީ އަމުރު އަންނަ ގޮތަކަށް އަމަލު ކުރާ މުއައްސަސާތަކެކެވެ. ޑިމޮކްރަސީ ގަޑުބަޑުވެއްޖެއެވެ. ޑިމޮކްރަސީ އެއްނެތެވެ. މިނިވަން މީޑިއާއެއް ނެތެވެ. މީޑިއާތައް ހުރީ ކަސްތަޅުގައެވެ. 

ދިވެހިރާއްޖެ، ދިވެހިރާއްޖޭގެ މިސްރާބު ނޭފަތުކުރިން ނެއްޓި ކުރިއަށް ވިސްނާނެ ބަޔަކަށް އިންތިޒާރު ކުރެއެވެ. އަބަދަކު އަލިފާން ނިއްވުމުގައި ހޭދަ ކުރުމުގެ ބަދަލުގައި ބިނާ ކުރުވަނިވި މިސްރާބަކަށް ހުންގާނު އަނބުރަން ވެއްޖެއެވެ. މުސްތަގުބަލަށް ރައްކާ ކޮށްގެން ނޫނީ ކުރީ ސަރުކާރުތަކާއި މިސަރުކާރުގެ ދަރަންޏެއްވެސް ނުދެއްކޭނެއެވެ.

ކުރީ ސަރުކާރު ތަކޭ ވިދާޅު ނުވާށެވެ. ކުރީ ސަރުކާރުތައް ކުރި ވެރިކަންތައް ނިމިއްޖެއެވެ. މިހާރު އޮތީ މި ސަރުކާރެވެ. އެ ސަރުކާރުތަކުން ހެދި ގޯސްތަކުގެ ބަދަލުގައި ރަގަޅު ތަކެއް ފެންނާނެ ކަމަށް ރައްޔިތުން އުންމީދު ކުރާތީ ހޮވި ސަރުކާރެކެވެ. އެ ސަރުކާރުތައް ގޯހީއެވެ. މިސަރުކާރުން ރަގަޅު ކޮށްލާށެވެ.

ނުވާނެންޏާ “މަޖިލިސް ރައީސަށް ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.” ކިޔާފައި ލިޔަންވީ ސިޓީ ޑްރާފްޓް ކޮށްދޭނެ މީހުން ވަރަށް ގިނައެވެ. އެކަން ހިލޭ ސާބަހަށް ކޮށްދޭން ގިނަ ބަޔަކު ތިބީ ތައްޔާރަށެވެ. ކެތް މަދުވެފައެވެ.

]]>
Thu, 11 Jun 2026 15:08:23 +0500 ހަވާ
ކުރިއަށް ކަނޑާ ވަރަށްވުރެ ރައްޔިތުންގެ މާޔޫސްކަން ބޮޑު https://heerasnews.com/4266 https://heerasnews.com/4266 ހިޔާލާއި ހިޔާލާތު އެނބުރެމުން ސެބުރެމުން ގޮސް ނިމެނީ ޖީބަށެވެ. މިއަދު ވިފާގުގެ ނަން ކިޔުން އަބުރަކަށް ނުވާނެއެވެ. ޔުމްނުއޭ ކިޔާތޯއެވެ. މަގު މުޒާހިރާއަށް ނިކުތް މީހުންގެ ގާތަށް ދިޔައީ ބޮޑު ފޮއްޓެކެވެ. ފޮށި އުފުލީ ކުރިންވެސް ފައިސާ ގޯނި އުފުލި މީހެކޭވެސް ބުނެއެވެ. 

އަމިއްލަ ބަރަހަނާ ފޮޓޯނަގާ ވީޑިއޯކޮށް ހިލޭ އަންހެނުންނަށް ފޮނުވުނު ހަނދާންވެސް ނުހުރެދާނެއެވެ. ސަމޯއާ އެގްރީމަންޓްގައި ސޮއި ކުރުންވެސް ކަމަކަށް ނުވެދާނެއެވެ. ވިއްކާލި ކަނޑުން މަހެއް ނުބޭނެއެވެ. އެކަމަކު ވަރިހަމައެވެ. ސިއްރު އެގްރީމަންޓްތަކުގެ ކުލަ ފިލައިފިއެވެ.

ވޯޓެއް ހޯދަން ބޭނުންވެގެން ރޮއި އާދޭސް ކުރިއަސް ކުރިއަށް ކަނޑާ ވަރަށް ވުރެ ރައްޔިތުންގެ މާޔޫސް ކަން ބޮޑުވެއްޖެއެވެ. ހިލޭ ނިކުމެ ހިނިތުން ވެލަންވެސް ބޭނުމެއް ނުވެއެވެ. ފަހަތު ޖީބަށް އަސަރު ނުކުރާގޮތަށް ތުންތަޅުވާލަން ވެސް ރައްޔިތުން ބޭނުމެއް ނުވެއެވެ. 

ހަރު މީސް މީހުން ބުނާތީއަހަމެވެ. “ފެލޭހާ ތެތް ނުވާށެވެ. ބިނދޭހާ މުރަނަ ނުވާށެވެ”. ސަރުކާރަކަސް ވެރިއަކަސް އަމިއްލަ ނަފުސުގެ އަގު ހިފަހައްޓާށެވެ. އަބަދު ތިމާ ބޭނުންވާ ގޮތަށް ކަންކަން މިސްރާބު ނުވެދާނެއެވެ. މީހާގެ ގޮތެއް ހުރިއްޔާ ކޮންމެ މީހަކާއި ވެސް ގާތް ވެވޭނެއެވެ.

ސަރުކާރުގެ މަޖިލިސް ހޮވަން އުޅުނު ދުވަސްވަރު މީހުން ރަށުތެރޭގައި ކިޔާތީ އިވުނެވެ. ކޮންމެވެސް ފުރޭންޏެއްގެ ނަމުން ނަން ކިޔާ ނާޒިމެކޯލައެވެ. ނުރައްކާތެރި މީހެކޯލައެވެ. “ސަރުކާރުގެ މަޖިލިސް މެމްބަރުންނަށް އަދި ކިރިޔާ މި ރޭކާލީ ނާޒިމްއަކީ ކާކުކަން” މީހަކު ބުންޏެވެ. ނުކުރާކަށް ކަމެއް ނޯންނާނެއެވެ. ކުރީ ކޮޅުގައި ވެރިޔާގެ ތިމާގެ ބޭފުޅެއް ކަމުން ކޮންމެ ކަމެއް ހަލާލެވެ.

އެންޖެލީކް ޝެރޯން އަކީ ދިވެހި ގިނަ ފިރިހެނުންތަކެއް ޝިކާރަ ކުރި ފޮޓޯގަނޑެއް ކަމަށް އޭރު އިވެއެވެ. ޓީވީ ފަންކާއަކާއި ބައިވަރު މީހުން ޝިކާރަ ކުރި ވާހަކަ ކިޔެވެ. ކޮންމެ އަކަސް އެ ވެބްކެމް ގެ ވާހަކަ އޭރުވެސް ގޮވި ބަޔަކު ގޮވިއެވެ. ގޮތް ދޫނުކޮށް ބަޔަކު މީހުން މަޖުބޫރު ވެގެން ނަމަވެސް ހޮވީތާއެވެ.

ކާފަމެން ބުނާނެއެވެ. “ޖާހިލުން ވެރިކަމަށް ގެނައުމާއި، ރަސްކަމަށް ބުޅާ ފިކުރު ލުމާއި، މޮޔައަކު އަތަށް ކަނޑިއެއް ދިނުމަކީ ހަމަ ވިސްނޭ ބަޔަކު ކޮށްގެން ވާނޭ ކަންކަމެއް ނޫނެވެ”. 

އޮޅިގެން ނަމަވެސް ޒަހަރު ބައެއް ފަހަރު މީހުންނަށް ބޮވެއެވެ، ކެވެއެވެ. ހަމަ ހެޔޮކޮށް މިއޮތީ ނުކުރާން އެދުނު ކަމެއް ވެފައެވެ. ޖާހިލެއް ވެރިކަމަށް ގެނެވިފައެވެ. އަދި ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މުއްސަދި ވެސް ވެއްޖެއެވެ. ކާފަ ބުނާ ވާހަކައާއި ކުޑަތަންކޮޅެއް ތަފާތުވެއްޖެއެވެ. “މުއްސަނދި ވަގުންގެ މުށް ބާރުވާނެއެވެ” ބޮޑު ވެގެންވާ ތެދެކެވެ. ނަމަވެސް ވާހަކައިގެ އަސްލެއް ނޫނެވެ. ވާހަކައިގެ މުރާދެވެ.

ވެރިންގެ ގޮތުގައި ފެންނަނީ ދެމަފިރިއެކެވެ. އެކެއްގެ ބަސްވެސް އަޑުއަހަން ދެކޮޅު ހަދައިފިއްޔާ މުށް ބާރުވަނީ އެކަންޏެއް ނޫނެވެ. ދިރި ހުންނަން އުދަގޫވާވަރު ކުރެއެވެ. އަމިއްލަ ހިޔާލެއް ނެތެވެ. ހަދިޔާ ބޭނުމިއްޔާ ބެވިއަސް ޖެހިއަސް ތެޅިއަސް ޖެހޭނީ އިސް ޖަހައިގެން ހުންނާށެވެ. އަމިއްލަ ވިސްނުން ގުރުބާން ކުރަނީ ޖީބު ފުން ކުރާށެވެ.

ހާލަތު ބަދަލު ކުރަން ބޭނުންވާ ބަޔަކުނަމަ ހިޔާލާތުވެސް ބަދަލު ކުރަން ޖެހޭނެއެވެ. ރައްކާވެ، ހުޝިޔާރުވެ ތިބެގެން ނޫނީ ދަތުރެއް ނުކުރެވޭނެއެވެ. ޖޫން ޖުލައިގެ ގަދައަށް ހުޝިޔާރުވެ ރައްކާތެރިވެ ސަމާލުވާށެވެ. އަމާން ބަނދަރެއް ހޯދަން ވިސްނުންވެސް މުރާޖާ ކޮށްލާށެވެ. މި ރާއްޖެ ދެމިއޮންނަން ވާނެއެވެ.

]]>
Wed, 10 Jun 2026 11:12:36 +0500 ހަވާ
ޓެކްސް ދައްކާ ރައްޔިތުންނަށް ޓެކުހުން ލިބެނީ ކޮޅުދާލިކޮޅު https://heerasnews.com/4257 https://heerasnews.com/4257 ޓެކްސްގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަ ކަމާއި އެކު ފޯރު ކޮށްދިނުން ނޫންކަމަށް ދައުލަތުން ގަބޫލު ކުރީ ކަމަށް ވެދާނެއެވެ. ޓެކްސްއަކީ ދައުލަތުގެ ވެރިންގެ އުފަލާއި އައްޔާޝީއަށް ގެނޭ ފައިސާ އަށް ވީއެވެ. އިންތިހާބެއް އޮތިއްޔާ އެ އިންތިހާބަށް ވެސް ހަރަދު ކުރަނީ ދައުލަތަށް އެކިއެކި ގޮތްގޮތުން ހޯދާ ފައިސާއެވެ. ދައުލަތުގެ ކުންފުނިތަކުގެ ފައިސާ ތަކެވެ. ކުރިން ނުވާ އެތައް ކަމެއް ކުއްލި ގޮތަކަށް އެޕްރޫވް ވެ ކުންފުނިތައް ނޮޅާލައެވެ. 

ދިވެހިރާއްޖެއަށް ކުރިމަތިވެފައި މިވަނީ ޑެމޮކްރަސީގެ ކޮން ވިސްނުންތަކެއް ކަމެއް ދަންނަ މީހަކު ނެތެވެ. ޓެކްސްތަކުން ރައްޔިތުންނާއި ހިސާބަށް އަންނަނީ ކޮޅު ދާލި ކޮޅެކެވެ. ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ އަދަދަށް ވުރެ ހަރަދު ބޮޑެވެ. ނަމަވެސް ރަގަޅު ތައުލީމެއް ނެތެވެ. މަދަރުސާ ތަކުގައި ކިޔަވާ ދެނީ މުގައްރަރު ފުރިހަމަ ކުރުން އަމާޒަކަށް ބަލައިގެންނެވެ. ޓެކްސްފައިސާއިން މުސާރަދޭ ސަރުކާރުގެ ސްކޫލްތަކުގައި އުޅޭ ކުދިންގެ ނަތީޖާތައް ޕްރައިވެޓް ސްކޫލްތަކުން ހޯދާ ނަތީޖާތަކާއި ނުބައްދަލުވާ ސަބަބު ހޯދަން ވެއްޖެއެވެ.

ސަރުކާރުގެ އިސް ފަންތީގައި ހަރަކާތްތެރިވާ އިއްޒަތްތެރިންގެ ދަރިން ގިނައިން އުޅެނީ ޕްރައިވެޓް ސްކޫލް ތަކުގައެވެ. ދައުލަތާއި ސަރުކާރު ހިންގަން އުޅޭ މީހުންވެސް ސަރުކާރު ސްކޫލްތަކުގެ ފެންވަރު ދައްކަމަށް ގަބޫލު ކުރަނީއެވެ. ރަގަޅު ޓީޗަރުންނާއި ވަސީލަތް ހަމަ ސްކޫލްތައް ސަރުކާރު ސްކޫލްތަކުގައި ހަމަކުރަން ނަގާ އެއްޗަކަށް ޓެކްސް ނުވަނީ ތޯއެވެ. 

ސިއްހީ ހިދުމަތް ވަނީ ވެންޓިލޭޓަރުގައެވެ. ޑޮކްޓަރު ކިއު އުޅެނީ ހާހުން މަތީގައެވެ. ބޭހެއް ނެތެވެ. ޓެސްޓު ހަދާނެ މެޝިނެތް ނެތެވެ. ބޭނުން ކުރާނެ ކެމިކަލެއް ނެތެވެ. ޕްރައިވެޓް ހޮސްޕިޓަލް ތަކަށް ވުރެ ސަރުކާރުގެ ސިއްހީ ނިޒާމް ބޮޑުތަނުން ވަނދެވެ. އެކަމަކުވެސް ޓެކްސް ނަގަނީ ސިއްހީ ހިދުމަތް ރަގަޅު ފެންވަރަކަށް ދޭށެވެ. ކަމެއް ވާއިރަށް ދާން ވީ ފުރައިގެން ބޭރަށެވެ. އާސަންދަ އާއި އެންސްޕާ ލިބެނީ ކޯޓުތުރުކުރައްވާ ބޭބޭފުޅުންގެ އެކުވެރިންނާއި އާއިލާތަކަށެވެ. ޓެކްސުން ރައްޔިތަށް ލިބެނީ ޕެނަޑޯލް ގުޅައަކާއި ބާމު ފުޅިއެކެވެ. ކީހައި ޅެމެއް މިވީ ފަރިއްސަށެވެ. ޖެހި ހިސާބުދިޔައީ ތޮއްޑޫ ދަށުންނެވެ.

ތަކެތީގެ އަގުތައް ހިފަހައްޓަން ސަރުކާރު ވަނީ ނުކުޅެދިފައެވެ. ހަފުތާއަކުން ހަފުތާއަކުން ތަކެތީގެ އަގުތައް އެބަ އުފުލެއެވެ. ހިދުމަތް ތަކުގެ އަގުތައް އުފުލެއެވެ. ރައްޔިތުން ބޭނުންވަނީ ޓެކްސްފައިސާ އިން ފުރިހަމަ ހިދުމަތް ތަކެއް ހޯދާށެވެ. ޖާހާ ހައިބަތަށްޓަކައި ވަޒީފާ ތަކަކަށް މީހުންވައްދާ ހިދުމަތުގެ އަގުތަކާއި ހިދުމަތްތައް މެދުކަނޑާލާކަށް ނޫނެވެ. 

ހިދުމަތްތައް ބޮޑުއަގުގައި ގަންނަން ޖެހުމަކީ ކުރިއެރުމެއް ނޫނެވެ. ކޮންމެ ރައްޔިތެއް ހަމަހަމަ ވާން ޖެހެއެވެ. އެއީ އަސާސީ ހިދުމަތް ލިބުމުގައެވެ. ސިއްހަތާއި ތައުލީމާއި ރައްކައުތެރިކަމާއި ކެއިން ބުއިމަށް ބޭނުންވާ ތަކެތި ހެޔޮ އަގުގައި ފޯރު ކޮށް ނުދެވި، ސިއްހީ ހިދުމަތް ލިބުމުގައި އިހުމާލު ވާނަމަ ޓެކްސް ނުނަންގަވާށެވެ. ނުވަތަ ސަރުކާރުން ހިދުމަތް ފޯރު ކޮށްނުދޭނެ ގިންތި ތަކެއް ކަނޑައަޅާ އެ ރައްޔިތުންގެ އަތުން ޓެކްސް ނެގުންވެސް ހުއްޓާލާށެވެ. އިންސާފުވެރި ވާށެވެ.  

ރައްޔިތުންނޭވެ. 

ދެ ފުށަށް ކެޑޭ މީހެއްގެ ނަމަ އަމަލާ ބަހާ އެއްގޮތްނުވޭ،

އެ ފުށާ މިފުުށް އޮފުދާރުކޮށް ދޮގުތައްހަދަން ޖެހިލުންނުވޭ ،

]]>
Mon, 08 Jun 2026 09:35:37 +0500 ހަވާ
ރަށްރަށުގައި އޭޓީއެމް ހުއްޓަސް އެކައުންޓުގައި ފައިސާއެއް ނެތް https://heerasnews.com/4254 https://heerasnews.com/4254 އީދު ބަންދުގައި ބައެއް މީހުން އަތޮޅުތެރެއަށް އީދު ފާހަގަ ކޮށްލަން ދިޔުމުން ރަށްރަށުގެ ރައްޔިތުން ބުނާ އެންމެ އާދަޔާއި ހިލާފް ވާހަކައަކީ ސަރުކާރުން ކުރަން އުޅޭ ކަމަކާއި ރައްޔިތުންގެ އެދުންތަކާއި ދިމާ ނުވާ ވާހަކައެވެ. އަތޮޅުތެރެއަށް ވަޒީފާތަކުގެ ބަހާރު މޫސުމެއް އައި ވާހަކައެވެ. ހަމަ އެއާއި އެކު ބުނަނީ ވަޒީފާ ތަކުން ލިބޭ މަންފާއެއް ނެތް ވާހަކަ އެވެ. ތަރައްގީ އަކީ ސަރުކާރުން ބޭނުންވާ ކަމެއް ކުރުމެއް ނޫނޭ ބުނާ ވާހަކަތަކެވެ. 

ރާއްޖޭގެ ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ސާފެވެ. ކަންބޮޑުވެ ދައްކާ ވާހަކައަކީ ރަށުގައި ތިބެގެން ވިއަސް ރަށުން ބޭރުގައި ނަމަވެސް ފުދުންތެރި ދިރިއުޅުމެއްގެ ފުރުސަތު ހަނި ވާހަކައެވެ. ބިން ބޮޑެތި ރަށް ރަށުން ބުނަނީ ބިން ހިއްކުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫން ކަމަށެވެ. އެންމެން ވަޒީފާ ތަކަށްލުމުން އާންމު ދިވެހި ވިޔަފާރިތައް ހުއްޓުނު ވާހަކައެވެ. 

އަތޮޅުތެރޭގައި ކޮންމެ ރަށެއްގައި އޭޓީއެމް އެބަހުއްޓެވެ. ކުރިއާއި ހިލާފަށް އޭޓީއެމްއިން ނަގާނެ ފައިސާއެއް އެކައުންޓުގައި ނެތެވެ. ސްކޫލްތަކުގައި ކިޔަވާދޭނެ އެކަށީގެންވާ ޓީޗަރުންނެއް ނެތެވެ. ސްކޫލްތަކުގެ ތައުލީމީ ފެންވަރު ދައްވެއްޖެއެވެ. ސްކޫލްތައް ވަނީ ފިލާވަޅު ނަގާދޭ ތަނަކަށް ބަދަލު ވެފައެވެ. ކިޔަވައެއް ނުދެއެވެ. ޓީޗަރ ބުނަނީ “އޯޕަން ޕޭޖްނަމްބަރ *** ރީޑް އިޓް ޔުއަރސެލްފް އާސްކް މީ އިފް ޔޫ ހޭވް އެނީ….” އަތޮޅު ތެރޭގައިވެސް ބޭނުންވަނީ މިސަގާފަތަށް ނިމުމެކެވެ.

ކިޔަވާ ދޭށެވެ. ދަރިވަރަށް އިތުރު މައުލޫމާތު ލިބޭނެ ގޮތަށެވެ. މައުލޫމާތުގެ ހަޒާނާ މުއްސަނދި ވާނެ ގޮތްތަކަށެވެ. އިތުރު ހަރަކާތްތައް އޮވެއެވެ. އެކަމަކު ނަމެއްގައެވެ. 

އަތޮޅު ތެރެ ތަރައްގީ ކުރުމުގެ ވާހަކައާއި އިތުރު ވައުދުތައް ވާއިރު ވިސްނާލަ ދޭށެވެ. ކުރީ ސަރުކާރުތަކުން ފައްޓާފައިވާ ކިތައް ޕްރޮޖެކްޓް ކުރިއަށް ނުކަނޑާ އެބައޮތްތޯއެވެ. ކޮންމެ އިންތިހާބަކަށް އައު ވައުދުތައް ވުމުގެ ވާހަކަ ހުއްޓާ ލައްވާށެވެ.

ރަށެއްގައި ބޭނުންވާ ކަންކަން ވަރަށް ސާފެވެ. އަރާ ފޭބޭނެ ރަގަޅު ނިޒާމެކެވެ. ވިޔަފާރި ކުރުމުގެ ފުރުސަތު ބޮޑު މަންޒަރު ފެންނަ ރަނަގަޅު ބަނދަރު މައްޗެކެވެ. ތެލާއި ފެން ފަސޭހައިން ލިބޭނެ ގޮތްތަކެކެވެ.

މާލޭގައި 16 ރުފިޔާއަށް އެސްޓީއޯގެ ޕެޓްރޯލް ގަންނަން ލިބޭއިރު އަތޮޅު ތެރެއިން 28 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ގަންނަން ޖެހޭ ސަބަބެއް ނެތެވެ. އެސްޓީއޯއަކީ މާލޭ ރައްޔިތުންގެ ވިޔަފާރި ކުންފުންޏަކީ ތޯއެވެ. ބުނެވޭ ގޮތުންނަމަ އެސްޓީއޯ އަކީ ރައްޔިތުންގެ ކުންފުންޏެކެވެ. އެހެން ނަމަވެސް ތަފާތު ކުރުން އިންތިހާއެވެ. 

ސިއްހީ ނިޒާމު ބައްޓަންވެފައި އޮތީ މާލެއަށް ދާން މަޖުބޫރު ވާގޮތަށެވެ. ހުސްނުވާ އާސްންދަ ހުސްވީއެއް ނޫނެވެ. އާސްންދައިން ގަންނަން ބޭނުންވާ ބޭހުގެ ސްޓޮކް ހުސްވީއެވެ.

ޑޮކްޓަރު ލިޔެދޭން ޖެހެނީ ސްޓޮކުގައި ހުންނަ ބޭހެވެ. ހަދަން ޖެހެނީ ކެމިކަލް ލިބެން ހުރި ޓެސްޓު ތަކެވެ. ބައްޔަށް ބޭނުންވާ ޓެސްޓާއި ބޭހަކީ މިއަދު ލިބޭ އެއްޗެއް ނޫނެވެ.

މި ތަފާތުތައް އަތޮޅު ތެރޭގައި އޮތީ މުޅިން ތަފާތު ކޮށެވެ. ބޮލުގަ ރިއްސާތީ ޑޮކްޓަރަށް ގޮއްސި ނަމަ ދެނީ ކަކުލަށް ޖަހާނެ މޫވް ސްޕްރޭ ފުޅިއެވެ. ހުންއައިސްގެން ޑޮކްޓަރަށް ގޮއްސިއްޔާ ލިބެނީ ބޭސް މަލަން ކޮޅެކެވެ. މާލޭގައި ޑޮކްޓަރު ލިޔެދޭ ބޭސް އާސަންދައިން ނުލިބެއެވެ. ލިސްޓުގައި ނެތް ބޭހަކަށް ވާތީއެވެ. ނުވަތަ ސްޓޮކުގައި ނެތީއެވެ. ބޮޑުއަގުގައި އަމިއްލަ އަށް ގަތުން ނޫން ގޮތެއް ނެތެވެ. 

އަތޮޅުތެރެއަށް ލިބެން ޖެހޭ ހިދުމަތް ނުލިބުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ރަށުގައި ތިބެ އާމްދަނީ އިތުރު ކުރުމަށް އޮތް ފުރުސަތަކީ ސިޔާސީ ގޮތުން ދެވޭ މޭޒު ވަޒީފާއެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުން އަންނަން ޖެހެއެވެ. މަސްވެރިކަން ހުއްޓެނީއެވެ. ދަނޑުވެރިކަން ހުއްޓެނީއެވެ. މަސައްކަތް ކުރަން ތިބީ ބިދޭސީންނެވެ. މަސްވެރިކަން ކުރަންތިބި މީހުންނާއި ދަނޑުވެރިންނަށް ކުންފުނިތަކުން ވަޒީފާ ދިނީމާ ވާނީވެސް އެހެން ތާއެވެ. 

އިންސާނުން އަޅުވެތިކަން ބަލައިގަތީކީ ނޫނެވެ. ރިޒުގު ދެނީ ސަރުކާރުން ކަމަށް ބުނެދޭން ސަރުކާރުން ބޭނުންވީއެވެ. ގޮތް ހުސްވީއެވެ.

ސަރުކާރުން ރާއްޖެ ޑިޒައިން ކޮށްފައިވަނީ އަޅުވަތި ވާން މަޖުބޫރު ކުރުވާ ގޮތަށެވެ. ފުރިހަމަ މިނިވަން ކަމަކީ އަމިއްލަ ނަފުސުގެ މިނިވަން ކަމެވެ. ގޮތް ނިންމުމުގެ މިނިވަންކަމެވެ. އަމިއްލަ އިހްތިޔާރުގައި ކަންކަން ކުރުމުގެ މިނިވަން ކަމެވެ. އެ މިނިވަންކަން ސަރުކާރުން ވަނީ ގައިދު ކޮށްފައެވެ. 

ރަށްރަށަށް މިއުޅެނީ ދިރިހުރެވޭނެ ގޮތް ނުފެނިގެންނެވެ. ތަކެތީގެ އަގުތައް އަތޮޅުތެރޭގައި އިތުރުވެފައިވަނީ ހައްދު ފަހަނައަޅާފައިވާ މިންވަރަށެވެ. ވަސީލަތް ހަމަ ތަންތަނަށް ރަށްރަށް ހަދާދިނުމުގެ އާދޭހަށް އަޅަނީ އޮފީހެކެވެ. ވަސީލަތުގެ ދަތިކަމުގެ ވާހަކައެއް ނުދައްކައެވެ.

ހާލަތު ބަދަލުވާނީ ހާލަތު ބަދަލު ކުރުމުގެ ހިޔާލާތު ހުރެގެންނެވެ. ކޮންމެ ރަށެއް އަތޮޅެއް ތަފާތެވެ. އެއް މޮޑެލެއް ހުރިހާ ރަށަކަށް ނުފެތޭނެއެވެ. އެކަން ދަންނަން ވެއްޖެ ނޫން ތޯއެވެ.

]]>
Sun, 07 Jun 2026 16:24:38 +0500 ހަވާ
އައްޑޫން މުއިއްޒަށް ލިބުނު ނާކާމިޔާބީ ކާމިޔާބަކަށް ނުވާނެ https://heerasnews.com/4252 https://heerasnews.com/4252 އިއްޔެގެ މަޖިލިސް ބައި އިލެކްޝަން އިން ދަސްކުރާން ޖެހޭ ފިލާވަޅެއް އޮންނާނެއެވެ. އެއީ މުހިންމު ކަމެކެވެ. 2024 ވަނަ އަހަރު މުއިއްޒު ޕާޓީ ޕީއެންސީ ގެ ކެނޑިޑޭޓު ބޮޑު ކާމިޔާބީއެއް ހޯދި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. މުޅި ރާއްޖޭގައި އޭރު ކެމްޕެއިން ކޮށް މުޅި ރާއްޖެއިން ސުޕަރ މެޖޯރިޓީ ހޯދިއެވެ. ވެރިކަމުގެ މާމުއި ހަނދުވަރުގެ ދުވަސްވަރެވެ. އަލަތު ކައިވެނީގެ ދުވަސްވަރެވެ. ބަފާ ދޮންބަފައަކަށް ބަދަލެއް ނުވެއެވެ. މުއިއްޒާއި މުއިއްޒުގެ ޕާޓީ ވަޒަން ކޮށްލެވޭ ވަރަށް ވުރެ ޅަ އުމުރެކެވެ. އެހެންނަމަވެސް ވަޒީފާގެ ބަހާރު މޫސުމެކެވެ. މުޅި ރާއްޖޭގެ ސަމާލުކަން ވަކި ދާއިރާއަކަށް ހުއްޓާލީކީވެސް ނޫނެވެ.

ވެރިކަމުގެ މާމުއި ހަނދުވަރުގައި ހިތަދޫ އުތުރު އޮތްގޮތް ދުށީމުއެވެ. އެމްޑީޕީއަށް އޭރުގައި ދިނީ އެންމެ 838 ވޯޓެވެ. މުއިއްޒާއި މުއިއްޒުގެ ކޯލިޝަން ސަރުކާރަށް 1079 ވޯޓު ލިބުނެވެ. 2026 ބައި އިލެކްޝަން މުއިއްޒުއާއި މުއިއްޒު ޕާޓީ ތަމްސީލު ކުރާ ކެނޑިޑޭޓު އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ބައިވެރިވެ 306 ވޯޓު ހޯދިއެވެ. 

2026 ވަނަ އަހަރުގެ މަޖިލިސް ބައި އިލެކްޝަން އައި އިރު ސަރުކާރު ވަނީ ވައި ވެފައެވެ. ސަރުކާރުގެ އަމަލުތައް ހުރީ ރައްޔިތުން ބީރައްޓެހި ކުރާކަހަލަ ގޮތަކަށް ބަދަލު ވެފައެވެ. މެޗެއް މޮޅުވަނީ ފަރަގުގައި ވާދަވެރި ބަޔަށް ވުރެ އެންމެ ދަރަޖައަކުން ނަމަވެސް ކުރި ހޯދައިގެންނެވެ. ކޮންމެއަކަސް މުއިއްޒާއި މުއިއްޒުގެ ކޯލިޝަން ޓީމަށް ދުނިޔެ ދައްކާލައިފިއެވެ.

ކޯލިޝަން ސަރުކާރުގެ ޓީމުތަކެއް އެ ދާއިރާގެ އިންތިހާބު އިއުލާނު ކުރީންސުރެ އެ ރަށުގައި ހަރަކާތްތެރި ވާން ފެއްޓިއެވެ. ދެ އަނތްބަށް ކައިވެނި ކުރާނެ މީހުންނާއި، ތިންވަނަ ކައިވެންޏަކަށް ތައްޔާރުވެފައި ތިބި ކަމަށް ކެމްޕެއިން ޓީމުގެ މެމްބަރުން ގޮވަމުން ދިޔައެވެ. އައްޔާޝީގެ ތުހުމަތުތަކުގެ ރެކޯޑް މަތީން ތިރިއަށް އޮތް އޮތުން ސީދާ ކުރިއެވެ.

އެމްޓީސީސީ މުޅިންހެން އޮތީ އެ ދާއިރާއަށް އޯޕަން ބަޖެޓެއްގައި ހުޅުވާލާފައެވެ. ނުނިމި، ނުފަށާ ހުރި އަދި ވުޖޫދުގައިވެސް ނެތް އެތައް މަޝްރޫއު އެއް މަސް ދުވަހުތެރޭ ނިންމާލިއެވެ. ނުވަތަ ނިމުމާއި ގާތް ކުރިއެވެ. ވަޒީފާތައް ބެހިއިރު ވަޒީފާ ލިބުނު ބައެއް ބޭބޭ ފުޅުން ދުނިޔެ ދޫކުރިތާ 2 އަހަރު ވެއްޖެއެވެ. ނަމްބަރު ޖެހުމުގެ މައްސަލައެއް ކަމަށް ބަލާ ނިންމާލީއެވެ. އެއްބަޔަކު އާސަންދަ އާއި އެންސްޕާގެ އެހީގައި ބޭރަށް އައްޑޫއިން ޗާޓަރު ފުލައިޓުގައި ފޮނުވާލާހާ އޯގާ ތެރިކަން ދެއްކިއެވެ.

ނަތީޖާއާއި ހިސާބުން ކެމްޕެއިން ޓީމުން ބުނަމުން ދިޔައީ އިންތިހާބުން ބަލިވީ މުއިއްޒުގެ ސަބަބުން ކަމުގައެވެ. ނަން ކިޔުން މަނާ ކުދިންނާއި ދޮގުހެދުން ބޮޑުކަމުންނެވެ. ކޮންމެއަކަސް ވީ ބައްޔެވެ. 

މުއިއްޒާއި މުއިއްޒުގެ ޕާޓީ ކޯލިޝަނަށް މި ފަހަރު ކާމިޔާބެއް ނުކުރެވުނެވެ. އެމްޑީޕީ 1375 ވަރަކަށް ވޯޓު ހޯދައިފިއެވެ. މުއިއްޒާއި މުއިއްޒުގެ ކޯލިޝަން ޓީމުން ނެރުނު ކެނޑިޑޭޓަށް ތާއީދު ލިބުނެވެ. ނަމަވެސް އެ ޖަމާއަތްތަކުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނީއެވެ. އެ ޖަމާއަތުގެ ކެނޑިޑޭޓަށް 1313 ވޯޓު ކާމިޔާބު ކުރެވުނެވެ. މިއީ އަމިއްލަ ގޮތުން 2024 ވަނައަހަރު ނިކުމެ 306 ވޯޓު ހޯދި ކެނޑިޑޭޓް ހާސިލުކުރި ބޮޑު ކުރިއެރުމެކެވެ.

މުއިއްޒު ޕާޓީ ކެނޑިޑޭޓުގެ އާއިލާއަށް ނިސްބަތްވާ މީހަކާއި ހަވާލާދީ ރައްޓެއްސަކު ބުންޏެވެ. “އަމިއްލަ ގޮތުން ނިކުތްނަމަ އިންނާނީ ގޮނޑީގައި” ތެދަކަށް ވުން ގާތެވެ. ރަށަށް މީހުން ބަލައިގަންނަ ކަހަލަ ބަޔަކު ދިޔަނަމަވެސް ނަތީޖާއަށް ބަދަލެއް އައިސްސީސް، ބާނަބާނަ ތިއްބާ އެ ވިއްކާލީ ކަނޑު ކަމަށް ބުނި މީހަކާއި، ރުފިޔާ ގޯނި އުފުލި ސޮރަކާއި އުކުޅަހު ސޮރަކު ގޮސްގެން ވޯޓެއް ނުލިބުނެވެ.

އަސްލަކީ ސަރުކާރަށް އާނއެކޭ ނުބުނީއެވެ. ކޯލިޝަން ސަރުކާރު ދަށީއެވެ. މިފަހަރު މިބަލިވީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކެވެ. ރާއްޖޭގައި އަދަދުން މިހާރު އެންމެ ބޮޑު ޕާޓީއަކީ މުއިއްޒު ޕާޓީއެވެ. ދެން ބޮޑީ އެމްޑީޕީއެވެ. އެމްޑީޕީ އާއި އެކު މި އިންތިހާބުގައި އޮތީ އަދަދު ކިރިޔާ ހަމަވާ ޕީއެންއެފެވެ. އެހެން ހުރިހާ ޕާޓީތަކެއް އޮތީ މުއީޒު ފަހަތުގައެވެ. 

ކޮންމެ އަކަސް މާލޭގައި ތިބި އައްޑޫއަށް ނިސްބަތްވާ ސަރުކާރުގެ އެންމެން ކަހަލަ ގޮތަކަށް އައްޑޫގައި ބަނޑަހަ ޖަހައިގެން މި ލިބުނު ނާކާމިޔާބީ ކާމިޔާބަކަށް ނުވާނެއެވެ. ކޮންމެ ކޮޅަކަށް އެނބުރިއަސް އައްޑޫ މީހުން ޖެހިޖެހިގެން ތިން ފަހަރު ނޫނެކޭ ބުނެފިއެވެ. ކޮންމެއަކަސް ވިދިވިދިގެން 3 ވީއެވެ. އައްޑޫން ބުނީ ފަށް ކަނޑަން ޖެހޭ ވާހަކައެވެ.

]]>
Sun, 07 Jun 2026 10:40:25 +0500 ހަވާ
ރައީސް އިތުރުފުޅެއް ނުހައްދަވާ & ރައްޔިތުން ދޮގުހަދަނީ! https://heerasnews.com/4250 https://heerasnews.com/4250 އަޅުގަނޑުމެންގެ ރައީސް ދުވަހަކުވެސް އިތުރުފުޅެއް ނުހައްދަވައެވެ. ރައްޔިތުން ދޮގުހަދަނީއެވެ. 

ހަނދާނަށް އަންނަނީ 2023 ވަނައަހަރުގެ ފުރަތަމަ ދެތިންމަހެވެ. ރައްޔިތުންނަށްޓަކާއި ޖާނުން ފިދާވާނެ ކަމަށް ވައުދު ވިއެވެ. ގައުމަށްޓަކާއި ޖިހާދު ކުރާނެކަމަށް ވައުދު ވިއެވެ. އިސްލާމް ދީނަށް ޓަކައި ގުރުބާން ވާނެ ކަމަށް ވައުދު ވިއެވެ. ވަރަށްވެސް ނަލަ ފަށުވި އިބާރާތުން މޫނުގެ އޮމާންކަން ދަމަހައްޓަމުން ވެރިކަމަށް ހޮވަން ރައްޔިތުން ވޯޓު ދޭން ޖެހޭ ސަބަބުތަކެއްގެ ގޮވެލި ތަކެއްގެ އަޑުތައް މުޅި ގައުމުގައި ގުގުމާލިއެވެ.

ލޯބިވާ ރައީސް ޔާމީނާއި ދޭތެރޭގައި ސަރުކާރުން ގެންގުޅޭ އަނިޔާވެރިކަމެއްގެ ވާހަކައެވެ. ނުހައްގުން ޖަލުގައި ގެންގުޅޭ ވާހަކައެވެ. ސިޔާސީ ދައުވާ އެއްގައި ސިޔާސީ މައިދާނުން އެކަހެރި ކުރި ވާހަކައެވެ. ހުސް ގޮނޑިއަކާއި ފޮޓޯ ގަނޑަކާއި “ދިވެހީންގެރާއްޖެ” ނަމުގައިވާ ޝިޔާރެކެވެ. 

ދިވެހިންގެ ދީން އިސްލާމް ދީނާއި ދެކޮޅު ސިޔާސަތުތަކެއް ކުރިއަރުވާން އުޅޭ ބަޔަކާއި ސަރުކާރާއި ގުޅުން ބޮޑު ވާހަކައެވެ. ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރިއްޔާއެއް ބާއްވައިގެން ހަމަނިދި ނުލިބޭ ވާހަކައެވެ. ސިއްރުން ސޮއިކޮށް ސިއްރު ކޮށްފައިވާ އެއްބަސްވުންތަކެއް ހާމަ ނުކޮށްގެން ދިވެހިރާއްޖެ ގާދޫ ކޮލުން ނިކުމެގެން އަވަށްޓެރި ގައުމެއްގެ ހިޔާވަހިކަން ހޯދަން ނައްޓަލުމުގެ ވާހަކައެވެ. ބާނަބާނަ ތިއްބާ ކަނޑު ވިއްކާލި ވާހަކައެވެ. ދިވެހީންނަށް އަމިއްލަ ގައުމުގައި ބަސް ބުނުމުގެ ހައްގު ގެއްލި އަވަށްޓެރި ގައުމަކުން ދިވެހިރާއްޖޭގެ ލަގަން ގެންގުޅޭ ވާހަކައެވެ. 

ދިވެހި އިގުތިސާދު އަނަރޫފަވެ ދައުލަތުގެ ތިޖޫރީތަކުގެ ފޫވެއްޓިގެން ފައިސާ ހަރުނުލާ ސަބަބުތަކާއި ދައުލަތް ބަނގުރޫޓްގެ ތުންފަތްމަތީގައިވާ ވާހަކަތަކެވެ. ރައްޔިތުންނަށް ލިބެންޖެހޭ ހައްގު މިންވަރުގެ މަދުކަމުގެ ވާހަކައެވެ. ސަރުކާރުން ބަހާފައިވާ ބިންބިމާއި ގޯތިތަކާއި ފުލެޓުތައް ހައްގުވެރިންނަށް ނުލިބޭ ވާހަކައެވެ. ބޭސް ސިޓީ އާއި ތައުލީމާއި ވަޒީފާގެ ރައްކައުތެރިކަން ނެތް ވާހަކައެވެ. 

ޑިމެކްރަސީގެ ހަމަތައް ވަޅުލަމުންދާ ވާހަކައެވެ. ހިޔާލު ފާޅުކުރުމާއި ބަސްބުނުމުގެ ހައްގުތައް ހަނިވެފައިވާ ވާހަކައެވެ. މިނިވަން ނޫސްވެރިކަން ގެއްލިގޮސްފައިވާ ވާހަކައެވެ. ސިޔާސީ ހަރަކާތްތަކަށް ކުރަމުންދާ އުނދަގޫތަކުގެ ވާހަކައެވެ. ދައުލަތެއްގެ ނިޒާމްތެރޭގައިވާ ޖަވާބުދާރީ ކުރުވުމުގެ ސަގާފަތަށް އޮތް ހުރަސްތަކުގެ ވާހަކައެވެ. ހަމަ އެފަދައިން ދައުލަތްހިންގުމުގެ ފުރުސަތު ލިބިއްޖެ ނަމަ ފުއްދާދޭނެ ކަމަށް ވިދާޅުވި ކަންކަމުގެ ވާހަކަތަކެވެ. 

ވެރިކަމުގެ ދައުރު ދެބައިވެއްޖެއެވެ. ބޭރުގެ އަސްކަރިއްޔާއެއް ޔުނީފޯމުގައި ނެތެވެ. ބޭރުގެ އަސްކަރިއްޔާ ޔުނިފޯމްއަޅަނީ އެ މީހުން ތިބޭ ޖަގަހަ ތަކުގައެވެ. ތަމްރީނުވެ ހަށިގަނޑު ތަރުބިއްޔަތު ކުރަނީ ޓްރެކްޝޫޓާއި ޓީޝާރޓްގައެވެ. ގެއްލުވާ ވިއްކާލި ކަނޑުގެ ވާހަކަ ދެއްކުން ހުއްޓާލީއެވެ. އެއީ ވުޖޫދުގައި ނެތް މައްސަލައެކެވެ. ސިއްރު އެއްބަސްވުންތަކުގެ ވާހަކަ ދައްކަން ކެރޭ މީހުންގެ އަދަދު ނިސްބަތުން މަދު ވެއްޖެއެވެ. ރައީސް ޔާމީނުގެ ކަރުގައި އަދިވެސް އޮތީ ވާ ޖަހާފައެވެ. އިސްލާމް ދީނުގެ ހަމަތަކުގެ ވާހަކަ ނުދެއްކޭ ވަރަށް ސަމޯއާ އެގްރީމަންޓަކާއި ޝާދީ ކުރީއެވެ. 

އިގްތިސާދުގައި އަބަދުމެ ވަނީ ރަތްބޮކި ދިއްލިފައެވެ. ފެހި ސިގްންލް ކިޔުން ވަނީ ގަރާރަކުން މަނާވެފައި ކަހަލައެވެ. މާލެއާއި އަތޮޅުތަކަށް ވީ ވައުދުތައް ފޮތްފޮތުން ވަނީ އުނިވެ ހަނދާން ނެތިފައެވެ. ރަސް މާލެ ހައެއްކަ ފަހަރު 8 މަސްތެރޭ ހިއްކާ ނިމިއްޖެއެވެ. އިންވެސްޓަރ ބޭންކުތަކުން ލޯނުތަކާއި ބޭރު ފައިސާ ލިބޭ މިންވަރު އިރުތުވެއްޖެ އެވެ. ބަންކަރިން ހިދުމަތުން ރާއްޖޭގެ އިގްތިސާދަށް ލިބޭ މިންވަރު 400 މިލިއަނުން 800 މިލިއަން ޑޮލަރަށް އިތުރު ކުރެވިއްޖެއެވެ.

ބިއްލޫރި ޓަނަލުގެ ތެރޭގައި ރޭލުގެ މަސައްކަތް ބާރު ސްޕީޑުގައި ދަނީ ކުރިއަށެވެ. ނުވާ އެއްވެސް ކަމެއް ނެތެވެ. އައްޑޫ ބްރިޖުގެ މަސައްކަތް ނިންމާ ބްރިޖުގެ މަޝްރޫގެ ކޮންޓްރެކްޓަރުން ފުރިތާ ދެ އަހަރުވެއްޖެއެވެ. ޑޮލަރުގެ އަގުތައް ހުރީ 1970 ވަނައަހަރުގައި ޑޮލަރު ލިބޭ ވަރަށްވުރެ މާ ބޮޑުތަނުން ހެޔޮ ވެފައެވެ. 

ރައްޔިތުން ހަދަނީ ދޮގެވެ. ރައީސަކީ އިތުރު ފުޅެއް ދުވަހަކުވެސް ހެއްދެވި ބޭފުޅެއް ހަމަ ނޫނެވެ. އެހެން ނަމަވެސް އެ ވިދާޅުވާ ރައީސް ވިދާޅުވި އެއްވެސް ވާހަކައެއް ހަގީގަތަކަށް ނުވެއެވެ. ދޮގު މިބަސް ދިވެހި ރަދީފުން އުނި ކުރަން ވެއްޖެއެވެ. އަދުގެ ޅަޖީލު ދޮގަކީ ތެދު ހަގީގަތް ކަމަށް ގަބޫލު ކުރަން ފަށާފާނެއެވެ.

]]>
Sat, 06 Jun 2026 11:07:54 +0500 ހަވާ
ބުހުތާން ދޮގުހެދުމަކީ މަސްތެއް & މަސްތަކީ ބުއްދިފިލުން https://heerasnews.com/4249 https://heerasnews.com/4249 ދޮގު ހަދާހަދާ ގޮސް ދޮގުހުސްވެ، ދޮގު ކޮސްވާ ވަރަށް ދޮގުހެދޭނީ ވަރަށް ކުޅަދާނަ ވެގެންނެވެ. އެފަދަ ދޮގުތަކަކީ އިންސާނީ ހަމަތަކާއި ހިލާފު ނަފްސާނީ ބަލިމަޑުކަމެކެވެ. ދެވިހިފުމެކެވެ. މަސްތެކެވެ. 

މަސްތުވުމުގައި ދެވިހިފާފައިވާ ވާހަކަ އަޑު އިވޭ ހިސާބުން ވަގުތުން މީހުން  ގުޅުވާލަނީ ރަލާއި ޑްރަގާއި ނިކޮޓިން ނުވަތަ ޖުވާ ކުޅުމާއި އެވެ. ފަހުގެ ސެންޗަރީ ތަކުގައި ސައިކޮލޮޖިސްޓުން ވަނީ މަސްތުގައި ދެވިހިފާފައިވުން އިތުރަށް ފުޅާ ކުރަން ޖެހޭ ކަމަށް ގަބޫލުކޮށް ދިރިއުޅުމުގެ ބައެއްކަހަލަ އާދަކާދަ ތަކާއިވެސް ގުޅޭކަމަށް ބަލައިގެންފައެވެ. އޭގެ ތެރޭގައި ޖުވާކުޅުން، ގޭމްކުޅުން، އާދަޔާއި ހިލާފަށް އިންޓަރނެޓް ބޭނުން ކުރުމާއި އޭގެ އިތުރުން އިންސާނީ ސިކުނޑި އާދަޔާއި ހިލާފަށް ހަރަކާތް އިތުރުކުރާ ކަންކަން މަސްތުވެ ދެވިހިފުމާއި ގުޅުވާލާފައިވެއެވެ. އެ ފަދަ ކަންކަން މާހިރުން މާނަކުރަނީ ސިކުނޑިއަށް ވަނައެއް ދިނުން ފަދަ ކަންކަމާއެވެ. އަދި އެ ކަންކަމުގެ ސަބަބުން ސިކުނޑިއަށް ގެންލުން ލިބޭކަމަށްވެސް ދިރާސާތަކުން ދައްކާ ކަމަށް މާހިރުން ހާމަ ކުރެއެވެ.

އިސްލާމް ދީނުގައި މަސްތުވާ އެއްޗެތި މާނަކޮށްފައިވާ ގޮތް ދިވެހި ފޮތްތަކުގައި ވަނީ ހަމަ ބުއްދި ފިލާދާ ކޮންމެ އެއްޗަކީ ރާކަމަށެވެ. އަދި ރަލަކީ ހަރާމް އެއްޗެއް ކަމެވެ. ވި ތަރުޖަމާގެ އިތުރު ތަފުސީލެއް ޕްރީޕެއިޑް ޝެއިހުން ކިބައިން ސާފުކުރަން އުޅުމަކީ ތަރުޖަމާ އިތުރަށް އޮޅިގެންދިޔުމަށް މަގުފަހިވާނެ ކަމެއް ކަމަށް ނޫނީ ނުވާނެއެވެ.  

މިހާ ހިސާބުން މުހިންމު ސުވާލުތަކެއް މާހިރުން ކުރިމަތި ކުރުވައެވެ. ޖުވާ ކުޅުމުގެ ސަބަބުން އިންސާނީ ބުއްދިއަށާއި ދިރިއުޅުމުގެ އާދަތަކަށާއި ނަފުސަށާއި ތިމާއާއި ގުޅިފައިވާ ގިނަ ފަރާތްތަކަކަށް ބަދަލުތަކެއް އަންނަ ނަމަ، ހިފެހެއްޓުމެއްނެތި ދޮގުހެދުން މަތީ ދެމިހުރި ހުރުން ނުވަތަ ދެވިހިފުމަކީ ވެސް އިންސާނީ އަހުލާގަށް ނުރަގަޅު ބަދަލު ތަކެއް އަންނަ ކަމެކެވެ. އަދި ހިފެހެއްޓުމެއްނެތި ދޮގުހެދުމަކީ އާދައިގެ ވަބާއަކަށް ވުރެ ބޮޑަށް މަސްތެއް ކަމަށް މާހިރުން ގަބޫލު ކުރާ ކުރުން އިތުރު ވެއެވެ. 

އަދުގެ ދުނިޔޭގައި ޖުވާކުޅުމަށް ދެވިހިފާފައިވުމަށް އިޝާރާތްކޮށް މާހިރުން ފާހަގަކުރަނީ ޖުވާއަކީ ދިރިއުޅުމުގެ އަހުލާގީ ދެވިހިފުމެއް ކަމުގައެވެ. ސަބަބެއްކަމަށް އެބޭބޭފުޅުން ފާހަގަ ކުރަނީ ޖުވާގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް އެނގިހުރެ އެކަންކަން ހުއްޓާލަން އިންސާނީ ހަމަ ބުއްދި ނުކުޅެދޭތީއެވެ. ޖުވާ ކުޅުމުން މާލީ، އިޖްތިމާއީ އަދި ނަފްސާނީ ގެއްލުންތަކާއި ކުރިމަތި ލާން ޖެހޭކަމަށް ސައިކޮލޮޖިސްޓުންގެ ދިރާސާ ތަކުން ފެންނަން ހުރި ކަމަށް އެފަރާތްތައް ފާހަގަ ކުރެއެވެ.

ދިރާސާ އިލްމުވެރިން ވަނީ އިންޓަރނެޓް މެދުވެރިކޮށް ކުޅޭ ބައެއްކަހަލަ ގޭމްތަކާއި ބައެއް ކަހަލަ ޖިންސީ އެދުންތަކާއި އާދަޔާއި ހިލާފަށް ގިނައިން އިންޓަރނެޓުގެ ބޭނުންކުރާ ކުރުން އެކަމަކީ ނުކޮށް ދޫކޮށްލުމުން ނަފްސާނީ ގޮތުން ދަތިތަކާއި ކުރިމަތިވާނަމަ އެކަމަކީވެސް ދެވިހިފާ މަސްތެއް ކަމަށް ގަބޫލު ކުރަން ފަށާފައެވެ. 

އަލަށް އުފެދޭ ތަރުޖަމާ އަކީ މަސްތުގެ ބަސް ރަލާއި ޑްރަގާއި ޖުވާއަށް ކުރުވެފައި އޮތްއޮތުމުގެ ނިމުމުގެ ފެށުމެވެ. މަސްތާއި ދެވިހިފުމުގެ ފަހުގެ ތަރުޖަމާ އަކީ ވަށާޖެހޭ ފަދަ ގޮތަކަށް ތަޖުރިބާ ކާރުން މާނަ ކުރާ އިސްތިލާހުތަކެކެވެ.

މި އިސްތިލާހު ގިނަ ތަޖުރިބާ ކާރުން ބަލައިގަންނަނީ 

1- ކަމަކަށް އިންތިހާއަށް ބޭނުންވެ އެއާއި ވަކި ނުވެވޭ ވަރު ވުމާއި

2- މަޖުބޫރީ ހާލަތަކަށް އިންސާނާ ވައްޓާލުމާއި

3- ވަގުތީގޮތުން އަމިއްލަ ނަފުސަށް އެކަމެއް ހާސިލް

ވުމުން އެރުވޭ ޝަރަފު ނުވަތަ ހަދިޔާއާއި 

4- 1،2 އަދި 3 ތަކުރާރު ވުމާއި 

5- ތަކުރާރު ވުމުގެ މަރުހަލާއިގައި އެ އެއްޗެއް ބޭނުންވާ މިންވަރު މަދުވާން ފެށި، އެއެއްޗެއްގެ މިންވަރު އިތުރުވުމާއި 

6- ހަށިގަނޑާއި ނަފުސަށް ލިބޭ ގެއްލުން އެނގިހުރެ އެ އެއްޗަކާއި ވަކި ނުވެވުން. 

ހިފެހެއްޓުމެއް، ވިސްނުމެއް ނެތި ކަށީގައި ހިފާފައިވާ ބީދައިން ދޮގުހެދުމަށް ނަފުސާނީ އިލްމުވެރިން ދީފައިވާ ނަމަކީ ސޫޑޮލޮޖިއާ ފެންޓާސްޓިކާއެވެ. މި ކަމުގައި ހިމެނެނީ އުފަލަކަށް ދޮގުހެދުމާއި އޮޅުވާލުމެވެ. އާންމުކޮށް މީހުން ބުނެލާ ދޮގުބަހަކާއި މި ފަދަ މީހުންނާއި ހުރި ތަފާތަކީ ކަންކަމުން ބޯދަމައިގަތުމަށް ފަސޭހަކަމާއި އެކު ބުނެލާބުނުންތަކަކަށް ވުމެވެ. މިފަދަ މީހުން ބުނެލާ ގިނަ ބުނުންތައް ގުޅުވަން މަސައްކަތް ކުރަނީ އަމިއްލަ ނަފުސުގެ ދިފާއުގައި ބުނާ ބުނުން ތަކެއްގެ ގޮތުގައެވެ.

ހައްދުފަހަނަ އަޅާ ފައިވާ މިންވަރަށް ދޮގު ހަދާ މީހުން އާދައިގެ ކުދި ކަންކަމުގައިވެސް ދޮގުހެދެއެވެ. މިކަން ގިނަ ފަހަރު ވަނީ އިހުތިޔާރުން ބޭރު ކަމަކަށެވެ. އެއްވެސް މަންފާއެއް ނެތް ކުދި ކުދި ކަންކަމުގައިވެސް މި މީހުން އިސް ކުރާނީ ދޮގެވެ. ދޮގެއް ބުނުމުން ލިބޭ ގެއްލުމަށްވުރެ ތެދަކުން ލިބޭނެ މަންފާ ނުވަތަ ފަސޭހަކަން އިތުރު ނަމަވެސް އެ މީހުން އިހުތިޔާރު ކުރާނީ ދޮގެވެ. 

މަސްތުވުމަށް ދެވިހިފުމާއި ދޮގުހެދުމުގެ އާދަތަކާއި ހުރި އެއްގޮތް ގިނަގުނަ ސިފަތަކެއް ދިރާސީ އިލްމު ވެރީން ފާހަގަ ކުރެއެވެ. ކޮންމެ ކަހަލަ މަސްތަކީ ވެސް ނަފުސު ބަލައިގަންނަ ފަދަ ވަޒަންކުރުމެއް ނުވަތަ ހަދިޔާއެއް ލިބޭ ކަމެއް ކަމަށް ވުމަކީ ދޮގުހެދުން މަސްތަކާއި އެއްގޮތްވާ އެންމެ އަސާސީ ސިފައެވެ. ނަފުސަށް ލިބޭ ހިތްހަމަޖެހުމެވެ.  

ދިވެހީންގެ ތެރޭގައި އާންމުކޮށް ދޮށީ ބޭބޭފުޅުންނާއި ކާފަ މާމައިން، ބައްޕަ އާއި މަންމަމެންގެ އެންމެ އާންމު ބައެއް އަމުރަކީ:-

“ކުދިންނޭ ދޮގު ނުހަދާތި، ދޮގަކީ ހުރިހާ ނުބައި ކަމެއްގެ ފެށުން”.

“އެއް ދޮގު ހަދައިފިނަމަ އެ ދޮގު ފޮރުވަން ހާސް ދޮގު ހަދަން ޖެހޭނެ”.

“ދޮގަކީ ވައްކަމުގެ ތަޅުދަނޑި”

މި އަމުރުތަކުގެ ފިލާވަޅުތަކާއި އެންގުންތަކަކީ ދިވެހިން ވަރަށް ސަމާލު ކަމެއް ދީފައިވާ ކަމެކެވެ. އަދި ދޮގުހެދުމުގެ ނުބައިކަން އިސްލާމް ދީނުގެ އަސްލުތަކުންވެސް ފެންނާން އެބަހުއްޓެވެ. ފާސިގުންނާއި ކައްޒާބުގެ ނަން ދެވިފައިވާ ނުބައި ވަބާއަކަށް ވާތީއެވެ. އަދި ދޮގާމަކަރުގެ ތެރޭގައިވާ މީހުންނަށް ހުރި ޖަޒާ ތަކުގެ ވާހަކަ އިސްލާމް ދީނުގައި ހާމަ ކުރައްވާފައިވާ ގޮތުން އިސްލާމް ދީން ދޮގާ މަކަރާއި އޮޅުވާލުން ބަލައިނުގަންނަކަން ހާމަވެއެވެ. 

ދޮގު ހެދުން އާންމު އިޖްތިމާއީ ނަފްސާނީ އަދި މާލީ ތަފާތު ގެއްލުންތަކަށް ހުށަހެޅެއެވެ. ހާއްސަކޮށް ވަކި ދަރަޖައަކުން ފެށިގެން އިސް މަގާމުތަކުގައި ތިބޭ މީހުން ވަކިވަކި މަގުސަދުތައް ހާސިލު ކުރުމަށް ހިފެހެއްޓުމެއް ނެތި ދޮގުތަކެއްގެ ތޫފާން ތަކެއް ރައްޔިތުންގެ ބޯމައްޗަށް ދޫކޮށްލައެވެ. އެ ދޮގު އަސްލަކަށް ދެކި ވަކި ފަންތިތަކެއްގެ މީހުންގެ ސިޔާސީ ޕްރޮޕެގަންޑާވެސް ހާސިލު ކުރެއެވެ. ނަމަވެސް އެ ދޮގުތަކުން އުފަން ކުރި ނަތީޖާގެ ތަކުލީފު ރައްޔިތުން ދުވަސްތަކެއް ވަންދެން އުފުލާން ވެސް ޖެހެއެވެ.

ހަގީގަތަށް ރިޔާއަތްކޮށް ލިބޭ ވަގުތީ މަންފާއަށްވުރެ ދާއިމަށް ލިބޭ ގެއްލުން ބޮޑު ވުމަކީ ދޮގުވެރިންގެ ކިބައިން މުޖުތަމައުތަކަށް ލިބޭނެ ގެއްލުމެވެ. ޑޮކްޓަރަށް ދައްކަންދާ ޕޭޝަންޓު ނުބައި މައުލޫމާތު ދީފިނަމަ އެ ބައްޔަކަށް ދުވަހްކުވެސް ޝިފާއެއް ނުލިބޭނެއެވެ. ޑޮކްޓަރަށް ދޮގު ހަދާ އޮޅުވާލައިފި ނަމަ ޑޮކްޓަރ ލިޔެދޭނީ ވުޖޫދުގައިވެސް ނެތް ބައްޔަކަށް އަމާޒުކޮށް ދޭ ބެހެކެވެ. އަދި އެ ބޭހުގެ ސަބަބުން އިތުރު އުނދަގޫތަކަށް ހުށަހެޅެއެވެ. 

ދޮގުގެ މާނަ ކޮންމެ ސިފައަކުން ދިރާސާ ކުރިނަމަވެސް ގާތްގަނޑަކަށް  ކޮންމެ ދޮގަކުންވެސް ނިކުންނަ ނަތީޖާތައް ގޯހެވެ. އެހެން ނަމަވެސް މަދު ހާލަތްތަކެއްގައި ދޮގު ދޮގެއްގެ ގޮތަށްވުރެ ހެޔޮކޮން ބަލައިގަންނަންޖެހޭ ސަބަބުތަކާއި އިންސާނާ ކުރިމަތި ކުރުވައެވެ. އެހެންނަމަވެސް އެ ހިސާބަށްވެސް ދަތުރު ކުރަން ޖެހެނީ ދޮގެއް ނުވަތަ އޮޅުވާލުމެއް ކަމުގެ ފެށުން ކަމަށް ވާތީއެވެ. 

ދައުލަތްތައް ހިންގަނީ މަތީން ތިރިއަށް އުފެދޭ ތަރުތީބަކުންނެވެ. އެންމެ އިސް މަގާމުގައި ހުންނަ ބޭފުޅަކީ ދޮގާއި މަކަރަށް ދެވިހިފާ މަސްތުވެފައިވާ ހާލަތުގައި ހުރި މީހަކަށް ވެއްޖެނަމަ، އެ އިސްމީހާގެ ދަށުން މަސައްކަތް ކުރަން އޮތް ތަރުތީބުގައި ހިމެނޭ އެންމެންވެސް ސީދާ ކަމާއި ތެދަށް ވުރެ އެންމެ އިސްމީހާ މަސްތުވެފައިވާ ދޮގާއި އޮޅުވާލުމަށް ތާއީދުކޮށް އެ ދޮގުތައް ތެދުކޮށް ފޮރުވަން އިތުރު ދޮގުތަކެއް ހަދަން މަޖޫބުރު ކުރުވައެވެ. 

ދޮގަކުން ވަގުތީ މަންފާއެއް ހާސިލު ކުރެވިދާނެއެވެ. އެހެންނަމަވެސް ދާއިމީ ނުބަޔަކަށް އެ މުޖުތަމައު ހުށަހެޅިގެން ދެއެވެ. މިކަމާއި ވިދިގެން ދިރާސީ އިލްމުވެރިން ވިދާޅުވަނީ ކޮންމެ މަސްތަކީ ނުވަތަ ދެވިހިފުމަކީ ނަފުސަށް ސަނާ ކިޔުމަކާއި އިތުރު ހިތްވަރެއް ބޭނުންވާ ކަމެއް ކަމަށެވެ. މިސާލެއްގެ ގޮތުން މަސްތުވެ ދެވިހިފާފައިވާ މީހުންގެ ކިބައިން ފެންނަ ބައެއް ކަންކަން ނަފްސާނީ އިލްމު ވެރިން ފާހަގަ ކުރެއެވެ.

ޖުވާ ކުޅޭ މީހާ އިތުރު ޖޯޝްއެއް ލިބިގަނެއެވެ. މޮޅުވާ ކޮންމެ ފަހަރަކު ނަފުސަށް ތައުރީފު ކޮށްލާ ހިތްވަރު ދެއެވެ. ރަލަށް މަސްތުވެ ދެވިހިފާފައިވާ މީހާ ރާ ފޮދަކުން އެމީހާގެ ނަފުސަށް އިތުރު އާރޯކަމެއް ގެނެސްދެއެވެ. އާދަޔާއި ހިލާފަށް ސޯޝަލް މީޑިއާ އާއި އިންޓަރނެޓުގައި އުޅޭ ފަރާތްތަކަށް ހިތްހަމަޖެހުން ލިބި މުޖުތަމައު ތެރޭގައި ވާކަމުގެ އިހުސާސް އައު ކޮށްލައެވެ. ދޮގު ހެދުމުގައި ދެމި ހުންނަ ދޮގުގެ މަސްތުގައި ޖެހިފައިވާ މީހާ ވެސް ބާރުވެރިކަމާއި ނަފުސުގެ ކޮންޓްރޯލް އޮތް ކަމަށް ގަބޫލު ކުރެއެވެ. ހަމަ އެގޮތަށް ދޮގު ހެދުމުގެ މަސްތުގައި ޖެހިފައިވާ މީހާއަށް އަނެކާގެ އަބުރެއް އިއްޒަތެއް ނުވެއެވެ. އެހެން މީހަކާއި ދޭތެރޭ ވިސްނާނެ ފުރުސަތެއް ނުލިބެއެވެ. އަމިއްލަ ދިފާއަށް ފަހު އެހެން ކަމަކަށް ފުރުސަތު ނުދެވޭ ތީއެވެ. ގާތުގައި ތިބޭ އެންމެންވެސް އެނބުރެން މަޖުބޫރު ކުރުވަނީ އެ ދޮގުތައް ދިފާއު ކުރުމަށެވެ. 

ދޮގު ތަކަކުން ވަގުތީ ގޮތުން ކުރު މުއްދަތަކަށް އަމިއްލަ ނަފުސުގެ އަގު ހިފެހެއްޓެއެވެ. ޖަވާބުދާރީ ވާންޖެހޭ ހާލަތު އެކަހެރި ކުރުވައެވެ. ހަމްދަރުދީ ހޯދެއެވެ. ބާރުވެރިވެރިކަމާއި އަމުރުވެރިކަން ދަމަހައްޓައެވެ. ނުވަތަ ޖަމާއަތަކަށް އޮޅުވާލުމާއި މަގު އޮޅުވާލުމުގައި މެޑަލް ޖަހާލައެވެ. މީގެން ކޮންމެ ކާމިޔާބީއެއް، އެފަދަ ދޮގަކަށް ކަމިޔާބީގެ މަތިވެރި ދަރަޖަ ދެއެވެ. އަދި ކުރިމަގުގައި އެފަދަ ދޮގުތަކުން ލިބޭ ހިތްހަމަޖެހުން ތަކުރާރު ކޮށްލަން ލިބޭ ހިތްވަރަކަށްވެ ދޮގުގެ އަޅުވެރިއަކަށް ތިމާ ވެދެއެވެ. 

ސިޔާސީ މައިދާނުގައިވެސް ދޮގުގެ މަސްތުގައި ޖެހިފައިވާ މީހުން އަމަލު ކުރާނެ ކަމަށް ދިރާސީ އިލްމުވެރިން ގަބޫލު ކުރަނީ އާންމު މަސްތުތަކުގެ ތަރުތީބު ތަކާއި އެއްފަދަ ގޮތަކަށެވެ. ގައުމެއްގެ ވެރިކަމަށް އަންނަންވެސް ދޮގު ހަދާ އޮޅުވާލައިގެން ކާމިޔާބީތަކެއް ހާސިލު ކުރެވިދާނެއެވެ. ނަމަވެސް އެ ދޮގުތަކުގެ މަތީ ދެމި ހުރުމަށް އިތުރު ދޮގުތައް ހަދަން މަޖުބޫރު ކުރުވައެވެ. އަދި އެ ދޮގުގެ ޝިކާރައަކަށް އިންސާނާ ހަދައެވެ. 

އެހެނިހެން މަސްތާއި ދެވިހިފުން ފަދައިން ދޮގުހެދުން ވެސް ކުރިއަރާދެއެވެ. މަސްތެކޭ އެއްފަދައިން މި ދެވައްތަރުގެ ގެ މަސްތުގައިވެސް އެއްގޮތް ނިޒާމްތަކެއް ވެއެވެ. މި މަންޒަރު މިއަދު ސަރުކާރުގެ ތެރެއިންވެސް ފެންނަކަމީ ހިތާމައެކެވެ. މި މަންޒަރުތައް ވިޔަފާރި ކުންފުނި ތަކާއި ސިޔާސީ ހަރަކާތްތަކުގައި ވެސް ވެއެވެ.

މަތިން ތިރިއަށް އުފެދިފައިވާ ނިޒާމްތަކުގައި އިސްވެރިން ނުވަތަ އެންމެ އިސް ވެރިޔާ ދޮގެއްގެ މަތީ ބިނާއެއް އަޅަން އުޅޭނަމަ އަދި ތެދުގެ ސަބަބުން އުންމީދު ނުކުރާ ފަދަ ނަތީޖާ ތަކަކަށް ވާސިލު ވެދާނެ ކަމުގެ ބިރު އޮތްނަމަ އެ ނިޒާމު ދޮގު ޝިކާރަ ކުރާނެއެވެ. އަދި އިތުރު ތަފުސީލީ ދޮގުތަކަކުން ކުރީން ބުނި ދޮގުތަކުގެ ހަކަތަ ވަރުގަދަވެ އެ ދޮގުތައް އައު ނިޒާމަކަށް ބަދަލު ވެގެން ދެއެވެ. އެ ނިޒާމުގެ ސަބަބުން ފުރަތަމަ ހެދި ދޮގަށް ވުރެ މޮޅު ކުޅަދާނަ އީޖާދީ ދޮގުތަކަކަށް މުޅި ނިޒާމު އަނބުރާލައެވެ.

ބަހުސެއްގެ ގޮތުގައި ދޮގުހެދުމުގެ މަސްތުގެ އަވާގައި ޖެހިފައިވާ ފަރާތްތަކަކީ އެ މީހެއްގެ ޒާތީ މަސްލަހަތެއް ކަމަށް ބަޔަކު ބަލައިގަތް ނަމަވެސް އެ މަސްތަކީ ދެވި ހިފުމެއް ކަމަށް ދިރާސީ އިލްމުވެރިން ގަބޫލު ކުރެއެވެ. ޖުވާ ކުޅުމަކީ މަސްތެއް ކަމަށާއި ދެވިހިފާ ކަމެއް ކަމުގެ ދިރާސާތަކާއި ބެހޭ ގޮތުންވެސް މި ދިރާސާތަކުގެ ޅަފަތުގައި ދިރާސީ އިލްމުވެރިން ބަހުސް ކުރެވިފައިވެއެވެ. އަދި ޖުވާ ކުޅުމަކީ އިންސާނުން އަޅުވެތި ކުރާ މަސްތީ ދެވިހިފުމެއް ކަމަށް ސިއްކަ ޖެހުނެވެ. 

މަސްތުވުމާއި ދެވިހިފުމަކީ 21 ވަނަ ގަރުނުގައި ފަރުވާ ބޭނުންވާ ކަމެކެވެ. އަދި ނަފުސުގެ ކޮންޓްރޯލް ތިމާއަށް މުޅިން ގެއްލޭ ކަމެކެވެ. ދޮގުވެސް އެ މިންގަނޑު ތެރޭގައި ހިމެނިގެން ދާއިރު ބައެއް ކަހަލަ މަގާމު ތަކަކީ ހަމަ ބުއްދީގައި މީހާ ދެމިހުރުން ލާޒިމު ކުރެއެވެ. އަދި އަމިއްލަ ނަފުސު ދޮގުގެ އަޅުވެތި މަސްތެއްގައިވާ ނަމަ ޒިންމާދާރު މަގާމުތަކުގެ ޝަރުތުތަކުން މީހާ އުނިވެގެން ދެއެވެ. އެ މަސްތުގައި ވާ ވެރިޔާގެ ސަބަބުން އޭނާއާއި އެކު އުޅޭ މީހުންނަށް ލިބިދާނެ ފޫނުބެއްދޭ ވަރުގެ ގެއްލުން ތަކުން ސަލާމަތް ކުރުމަށެވެ. 

މަސްތުގައިވާ މީހާ އަކީ ބުއްދި ހަމަޖެހޭ މީހެއްގެ ގިންތީގައި ގުނިދާނެ ބައެއް ނޫނެވެ. ހަމަ އެފަދައިން މީހާގެ ވިސްނުމާއި ހިޔާލާތު ޑްރަގުގެ މަސްތުގައި ނުވަތަ ޖުވާ ކުޅުމާއި ދޮގުގެ މަސްތުގައި ޖެހިފައިވާ މީހެއްގެ ބުއްދީގެ ސީދާކަން ގެއްލޭނެ ކަމަށް ދިރާސާތައް ދައްކައެވެ. އެ ފަދަ މަސްތުތަކުގެ ސަބަބުން އިންސާނާ ނަފުސާނީ ގޮތުން ޒިންމާއެއް އަދާ ކުރުމަކަށް ނުކުޅެދޭނެ ކަމަށް ދިރާސީ އިލްމުވެރިން އިއްތިފާގުވާން ވަނީ ފަށާފައެވެ.

]]>
Sat, 06 Jun 2026 10:23:23 +0500 ހަވާ
ރައީސަށް ހުޅެވި ސިޓީއެއް https://heerasnews.com/4247 https://heerasnews.com/4247 ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް، 

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

2026 ވަނައަހަރު އެމެރިކާއާއި މެކްސިކޯގައި ކުޅުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް އޮންނާނެ ކަމަށް ގަބޫލު ކުރެވެނީ ރޭގަނޑާއި މެންދަމާއި ފަތިހުގެ ވަގުތު ތަކުގައެވެ. މި ގަޑިތަކުގައި މެޗުތަކަށް އިންސާފު ކޮށް އޮފީސްތަކުގެ މަސައްކަތަށް ހެނދުނު ހާޒިރު ވުމަކީ ވަރަށް ބޮޑު ތަކުލީފަކަށް ވާނެއެވެ.  އަދި އޮފީހަށް ވަގުތަށް ހާޒިރުވި ނަމަވެސް މާ ބިނާކުރުވަނިވި މަސައްކަތަކަށް ސިކުނޑި ހުޅުވާލުމަކީ އިންސާނީ ކުޅެދުން ތަކަށް ބަރުދާސްތު ކުރެވޭނެ ވަރުގެ ތަކުލީފަކަށް ނޫނީ ނުވާނެއެވެ.

މަނިކުފާނަކީވެސް ފައިން ބޫޓު ނެއްޓޭ ބޭފުޅެއް ނަމަވެސް ފުޓުބޯޅައަށް ވަރަށް ހާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެއްކަން މުޅި ދިވެހި ދައުލަތް ގަބޫލު ކުރެއެވެ. ކަން މިހެން އޮތުމާއި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި ނަމަވެސް ވޯލްޑް ކަޕުން ލިބިގަންނަ އުފާ ހާސިލު ކުރުމަށް މެޗްތައް އޮންނަ ރޭތަކާއި ވިދިގެން އަންނަ ދުވަސް ތަކަކީ ބަންދު ދުވަސް ތަކެއް ކަމުގައި ހަމަޖައްސަވާ ދެއްވުން އެދި ދަންނަވަމެވެ.

މި މުހުތާދު ފުއްދާދިނުމުގައި ދަތިކަމެއް ވާނަމަ ފީފާ އާއި އެމެރިކާއަށް ގުޅާލައިގެން ނަމަވެސް މެޗުތައް ކުޅޭ ގަޑިތަކަށް ބަދަލު ގެންނެވުމަށް އެފަރާތް ތަކަށް އަންގާ އަމުރު ކޮށްދެއްވުން އެދޭ ވާހަކަވެސް ދެންނެވީމެވެ. 

މަނިކުފާނަކީ ރައްޔިތުން އެދޭ ގޮތަށް ރަނުން ރަނަށް ކަންކަން ކޮށްދެއްވަމުން ވަޑައިގަންނަވާ ބޭފުޅެއް ކަމުން އަޅުގަނޑުމެންގެ މި އެދުން ފުރިހަމަ ކޮށްދެއްވުން އެދި ދެންނެވީމެވެ. 

]]>
Fri, 05 Jun 2026 15:34:10 +0500 ހަވާ
ވީދި ހަސްނެތެމުންދާ އިޖުތިމާއީ ފޭރާމާއި އައްޕަތުރޭ https://heerasnews.com/4236 https://heerasnews.com/4236 ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދި ކުދިކުދިވެފައި ވުމަކީ ދެބަސް ވެވެންނެތް ހަގީގަތެކެވެ. އަނެކުންނަށް އަދަބު އިހުތިރާމް ކުރުމަކީ ކާބަފައިންގެ ކިބައިން އައި އެ ދޮށީ ބޭބޭފުޅުން ކޮށްއުޅުނުކަމެކޭ ބުނާ އަޑު އެހީމޭ ބުނާހިސާބަށް އެކަން ހިމަވެގެން ގޮސްފައިވާކަމީވެސް ދެބަސް ވެވެންނެތް ހަގީގަތެކެވެ. އެހެނެއް ކަމަކު އިޖުތިމާއީ ފޭރާމުގެ ވާހަކަ ދައްކަވާއިރު މިނިސްޓަރު އިހުސާނަށް އެނގިވަޑައި ނުގަންނަވާ ކަމަކީ މިކަންކަމުގެ ޒިންމާ ނަގާނަމަ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާބޭފުޅުންގެ އިހުމާލު ބޮޑުކަމެވެ.

މިހުރިހާކަމެއް މިގޮތައް ދިއުމުގައި އެންމެ ބޮޑު ޒިންމާއެއް ނަންގަވަންޖެހެނީ ހަމަ އިހުސާން ފަދަ ސިޔާސީ ހަށިވިއްކާ ބޭފުޅުންނެވެ. މިއަދު މިނިސްޓަރ އިހުސާނަށް ކޯޓުގެ އިހުތިރާމް ކަނޑާތަނާއި މަގުމަތީގެ އަހުލާގު ނެތިގޮސް އަނެކުންނަށް އިހުތިރާމް ކުޑަކުރާތަން ތިޔަފެނިވަޑައިގަތީ މަނިކުފާނު ވެރިކަމުގެ ކޮއިލުގަ ނުފޫޒުގަދަ ސިޔާސީ މަގާމެއް ބައްލަވައި ގަނެގެން އެފަދަ މަގާމެއްގައި ހުންނެވުމުމާއި މަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ވެރިކަން ކުރާ ޕާޓީ އަށާއި ދައުލަތުގެ އެންމެ އިސްވެރިޔާއާއި ވެރިކަމުގައި ތިއްބެވި އިސްފަރާތްތަކަށް ބަހުގެ ހަމަލާތައް ރައްދުވާތީ ކަމަށް ދެންނެވުމަކީ ދޮގަކަށް އަދި ކުށަކަށްވެސް ނުވާނެއެވެ.

ހަގީގަތަކީ ރައްދުވާ ބަސްތަކުން ރެކެވޭނެ މިންވަރަށް ވުރެ ސަރުކާރުތެރޭގެ ނުރަނގަޅު ކަންކަން އިތުރުވީއެވެ. ދޮގުތައް އިތުރުވީއެވެ. އައްޗި ކަންކަން އިތުރުވީއެވެ. އައްޗި ފޮޓޯތައް ފޮނުއްވަނީ ކީއްކުރަންތޯއެވެ. އެވަރަށް ރޭގަނޑު އުދަގޫ ކުރަނީ ކީއްވެގެންތޯއެވެ. މި ފޭރާން ހަލާކުވީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންގެ ފުށުންނެވެ. 

ސަރުކާރުގެ އިސް މަގާމް ތަކުގައި އިއްޒަތްތެރި އެއްވެސް ބޭފުޅަކުނެތޭ ބުނުމަކީ ދޮގަކަށް ވާނެބާއެވެ. ރައްޔިތުންގެ  މަޖިލިސް އިން ފަށަމާތޯއެވެ. އެންމެ ފުރަތަމަ ސުވާލަކީ ރައްޔިތުންގެ މަޖިލިސް މިއަދު ރައްޔިތުންގެ މަޖިލިހަކަށް ވޭތޯއެވެ. ނުވަތަ އެއީ ސަރުކާރުގެ މަޖިލީހަކީ ތޯއެވެ. އެންމެ ގިނައިން އިއްޒަތްތެރި މިބަހުން މުހާތަބު ކުރައްވާ އަޑު އިވެނީ އެ މަޖިލިހުގެ ތަޅުމުންނެވެ.

މަޖިލިހަށް ބަލާލާއިރު މަޖިލިހުގެ ބައެއް މެންބަރުންގެ ވީޑިއޯ ކްލިޕްތައް ޓިކްޓޮކްގައި ދަނީ މަޝްހޫރުކަމާއި މަގުބޫލުކަން ހޯދަމުން ވައިރަހެއްހެން ފެތުރެމުންނެވެ. އެއްބަޔަކު އުފަލާއި އެކު އެ ވީޑިއޯތައް ފަތުރަމުން، ހިއްސާ ކުރަމުން ދާއިރު އަނެއްބަޔަކު އެކަމާ ނުރުހުމުގެ ބަސްތައް ދަނީ އިއްވަމުންނެވެ. ނަމަވެސް އެ ވީޑިއޯ ތަކުގެ ހަގީގަތައް ބަލަނީ ކިތައް މީހުންތޯއެވެ.

ކުރި ގުރުނޑުވެފަ ހުރި ރުކެއް ކިތަންމެ ރީތި ބަގީޗާއެއްގައި އިންދާ އެއީ މާފުރިހަމަ ރުކެއް ކަމުގައި ދައްކަން އުޅުނަސް އެގުރުނޑު ކަމެއް ނުފިލާނެ ދޮގެއްތޯއެވެ. އެގޮތައް އެރުކާ ގުޅިގެން ވާހަކަ ދައްކާބަޔަކު އެވާހަކަ ދައްކާ ސަބަބަކީ ކުރި ގުރުނޑުވެފައި ހުރި ރުކެއް އެބަގީޗާގައި އިންދީމަ ނޫންތޯއެވެ. އެހެންވީމަ މިތަނުން ގޯސްވާންވީ އެރުކުގެ ގުރުނޑު ކަމުގެ ވާހަކަ ދައްކާ ބަޔަކުތޯ ނުވަތަ އެފަދަ ގުރުނޑު ރުކެއް އެބަގީޗާގައި އިންދިމީހާތޯ މިއީ ވިސްނާލާ ފައިސަލާ ކޮށްލާންޖެހޭ ކަމެއްކަމުގައި ދެކެމެވެ. މި ކަމުގައި ހަމަ އިހުސާނު ހިމެނޭހެން އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީކަމަށް ވިދާޅުވާ ބޭފުޅުން ހިމެނެވެ.

ދެން އޮތީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ވާހަކައެވެ. މިއީ ވަރަށް ގިނައިން އިވޭ އަޑެކެވެ. އެތަނެއްގައި އަދުލުއިންސާފު ނެތް ތަނެއްގައި ކޯޓުތަކާއި މެދު ރައްޔިތުންގެ އޮންނާނީ ކޮން އިތުބާރެއްތޯއެވެ. އެހެނީ ކޯޓުތަކުން ގާނޫނުގެ ބާރު ދަމަހައްޓާނެ ވާހަކަ އިއުލާނު ކުރުމުން އެކަނި ނުފުދޭތީއެވެ. ތަންފީޒު ކުރާ މަންޒަރުވެސް ގާނޫނީ ހަމަތަކުން ހަމަހަމަކަމާއި އެކު ކަންކަން ކުރާތަން ވެސް ފެނުން ލާޒިިމް ކުރާތީއެވެ. އެހެން ކަމުން ކޯޓުތަކުން އެ މަންޒަރު ނުފެންނަ ނަމަ އެ ތަނަށް ކުރާނީ ކޮން އިހުތިރާމް އެއްތޯއެވެ. ކޯޓުތަކަށް ކުރާ އިހުތިރާމް ނެތި ދިއުމާއި ހުރުމަތް ކެޑުންވެސް ގުޅިފައިވަނީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނާއެވެ.

މައުމޫން އަބުދުލް ގައްޔޫމް ގެ ވެރިކަމުގައި ކުރީގެ ރައީސް އިބްރާހިމް ނާސިރަށް ދައުވާ ތަކެއް އުފުލާ ގައިރު ހާޒިރުގައި ހުކުމް ތަކެއް އިއްވާ އެމަނިކުފާނުގެ ގެދޮރާއި މުދާ ދައުލަތަށް ނެގިއެވެ. ވެލާނާ ބިލްޑިންގް އަކީ އެފަދަ އެއްތަނެވެ. އެއިރު ސަރުކާރުގެ އެއްބާރުން ލިބިގެން އެތައް މަޒާހިރާ ތަކެއް ކުރިއަށް ގެންދިޔައެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް  މުޒާހިރާ ކުރުމުގެ ފެށުމެވެ. މި މުޒާހިރާ ތަކުގައިވެސް ބޭނުން ކުރަމުން ދިޔަ ބަސްތަކާއި ކިޔަމުން ދިޔަ ލަވަތަކުގެ ވާހަކަ ދައްކާކަށް ނެތީމުއެވެ. މިއީ ރާއްޖޭގެ އިޖުތިމާއީ ފޭރާމުން ނިއުޅެންފެށި  ފުރަތަމަ ރޮއްޖެވެ. މިއީވެސް ނުހައްގުން ކޮއްފައިވާ ސިޔާސީ ދަޢުވާތަކެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ގޮތައް ވާހަކަފުޅު ދައްކަަވާފައިވަނީވެސް ހަމަ މިރާއްޖޭގެ އިހުސާނު ފަދައިން ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވެ ދައުވާކުރާ ބޭފުޅުންނެވެ. 

ދެން އައީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމެވެ. އެމަނިކުފާނުންގެ ވެރިކަމުގައިވެސް ގާޒީއަކު ހައްޔަރު ކުރެއްވިއެވެ. އޭގެ އިތުރުންވެސް ސިޔާސީ ބައެއް ބޭފުޅުން ހައްޔަރު ކުރެއްވުމާއި ބައެއް ބޭފުޅުންނަށް ކޯޓުތަކުން ހުކުމް ކުރިއެވެ. އެކަންތައްތަކާއި ގުޅިގެންވެސް ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބަވައިގެން މުޒާހިރާތައް ކުރެއްވިއެވެ. މަގުމަތީގެ އަދަބުތަކާއި ބަސްމަގުގެ ފެންވަރުގެ ވާހަކަ ދައްކާކަށް ނެތީމެވެ. މި މުޒާހިރާތަކާއި އެއްވުންތައްވެސް ކުރިޔަށް ގެންދެވީ ހަމަ އިހުސާން ފަދަ އިހުސާންތެރި ކަމެއް ނެތް ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ.

މި ދެންނެވި މުޒާހިރާތައް ދިގުދެމި އެންމެފަހުން އޭރުގެ އިދިކޮޅު ފަރާތްތައް އިސްކޮށް ތިބެ މަގުމަތީގެ ހާލަތު ހަލަބޮލި ކޮށްލިއެވެ. އާއްމު ރައްޔިތުން ކުރިއަށް ނެރެ ވެރިކަމުގެ ތަނބު ކަނޑާ ވައްޓާލިއެވެ. އެ އެއްވުން ތަކުން ހުދު އިހުސާނު ވެސް ފެނިގެންދިޔައެވެ. އަސްކަރީ ޔުނީފޯމެއްގައެވެ. ނަމަވެސް މާރިވެތި އަހުލާގެއް ހިފެހެއްޓެވި އެކޭ ދަންނަވާކަށް ނުކެރޭނެއެވެ. މާ ނަޒާހަތްތެރި ބޭފުޅެކޭ ދެންނެވޭކަށްވެސް ނެތެވެ. ނަމަވެސް އެ ވައްޓާލި ވެރިކަން ވައްޓާލުމުގައި ހަމަ އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ނަޒާހަތްތެރިކަން ވަޅުލެވިފައިވާ ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުން ހިމެނެއެވެ. 

ޖެހިގެން އައީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުރު ދައުރެކެވެ. ވަރަށް ހަލަ ބޮލިކޮށް ދިޔަ ދުވަސް ކޮޅެކެވެ. މުޒާހިރާ ތަކާއި އެއްވުންތައް ގިނަ ހަލަބޮލި ދުވަސްވަރެކެވެ. އެމަނިކުފާނުގެ ވެރިކަމުގައިވެސް ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ބައެއް ސިޔާސީ ބޭބޭފުޅުންގެ މައްސަލަތައް ތަހުގީގުކޮށް ކޯޓަށް މައްސަލަތައްވެއްދިއެވެ.  އޭރުވެސް ހަމަ އިހުސާނު ފަދަ އެއްވެސް އަސާސެއް، ހަމައެއް، އަމިއްލަ އުސޫލެއް ނެތް ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުން ކޮޅުކޮޅަށް ދުވެ ހެދިއެވެ. 

ވަހީދުގެ ކުރު މުއްދަތު ނިމުމުން ދިވެހި ވެރިކަމާއި ހަވާލުވެ ވަޑައިގަތީ ރައީސް ޔާމީން އަބުދުލް ގައްޔޫމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކޯޓުތަކުގައިވީ ބައެއް މައްސަލަތައް ނިމުނުއިރު ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެތައް ސިޔާސީ ބޭފުޅުންނަށް ކޯޓުތަކުން ހުކުމް ކުރިއެވެ. އަދި ރާއްޖޭގެ އުއްތަމަށް ފަނޑިޔާރު ހިމެނޭހެން އެތައް ފަނޑިޔާރުންނެއް ހައްޔަރުކޮއް މަގާމުން އެކަހެރިކޮށް ކޮރަޕްޝަންގެ ތުހުމަތުތައް އެބޭފުޅުންގެ މައްޗަށް އުފުލުނެވެ. މިކަންކަމާއި ގުޅިގެންވެސް މުޒާހިރާ ތައް ފެށުނެވެ. މަގުމަތި ހަލަބޮލި ކޮއްލިއެވެ. ހަމަ އިދި ކޮޅުގައި އެއިރު ތިއްބެވި ސިޔާސީ ބޭފުޅުން އިސްކޮށް ތިއްބަވައިގެންނެވެ.

އަދަބު އަހުލާގުގެ ކަންފުޅެއްވެސް ނެތޭ ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. ކޯޓުތްކުގެ ހުރުމަތުގެ ވާހަކަ ދައްކަންޖެހޭތޯއެވެ. އެމީހަކާ އެމީހެކެވެ. ހަމަ ގޮވުނު އެއްޗެއް ގޮވަނީއެވެ. އަތްޖައްސަވާ ސާބަސް ދެއްވަން ތިއްބެވީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ތަނަވަަސް ބަފާބެއެއްގެ ތައްޕާހުން ކައިބޮއި އުޅުނު އިހުސާނުމެން ފަދަ ބޭފުޅުންނެވެ. 

ކޮންމެ އަކަސް ދެން ފެނުނީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެވެރިކަމެވެ. އެމަނިކުފާނުގެ ވެރިކަމުގައި ކުރީގެ ރައީސް ޔާމީން އަބުދުލް ގައްޔޫމް އެތަކެއް ފަހަރު މަތިން ހައްޔަރުކޮށް އަދި ކޯޓުން ހުކުމްކޮށް ޖަލަށް ލިއެވެ. ޖަލަށް ލުމާއި ވިދިގެން މިހާރުވެރި ކަމުގައި ތިއްބެވި ބޭފުޅުން މިނިސްޓަރ އިހުސާނު ވެސް ހިމެނޭގޮތައް މަގުމަތީގެ މުޒާހިރާތައް ފެއްޓެވިއެވެ. ވަގު ހުކުމާއި ހަރާމް ހުކުމަށް ގޮވަމުންނެވެ. އޭރުގެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހަށް ޗޯރޭ ގޮވަމުން ވަގަށް ގޮވަމުން ގައްދާރަކަށް ހަދަމުންނެވެ. ހިލޭ އަންހނަކާއި އެކު ގޮތްގޮތަާް އުޅުނު ވާހަކަ ގޮވަމުންނެވެ.

އޭގެތެރެއިް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ  ރައީސްގެ ވާހަކަ ދައްކާކަށް ނެތީމެވެ. މުޅި ޓިކްޓޮކް ފުރިފައި އެވަނީ އެމަނިކުފާނުގެ އެ ބަލާގާތްތެރި ފިލާވަޅުތަކުގެ ވީޑިއޯތަކުންނެވެ. އަހުލާގު މިބަސް ބޭނުންކުރަންވެސް ލަދުގަންނަ ދަރަޖައިގެ ކުޅަދާނަ ފަށުވި މާތް ބަސްމޮށުންތެރިކަމެވެ. އައްޕަތުރޭ އިންތަން ނޭނގިގެން ކޮންމެ ތާކަށްވެސް މިސައިލެއް އިންޑިއާއިން ފޮނުވާލަފާނެ ކަމަށް ގޮވިއެވެ. ހަމަ އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ސިޔާސީ ރަންޑިންނެކޭ ދަންނަވާކަށް ބޭނުމެއް ނުވާނެއެވެ. 

ދެން ބަދަލުވެގެން މިދިޔައީ ރައީސް ޑރ. މުހައްމަދު މުއީޒުގެ ވެރިކަމެވެ. ދީނީ ބޭފުޅެކެވެ. އިރާދަކުރެއްވިއްޔާއޭ ވިދާޅު ނުވެ އެންމެ އިތުރުފުޅެއްވެސް ނުހައްދަވައެވެ. ކޮންމެ އިތުރުފުޅެއް ވެސް ހެއްދެވީ އިރާދަ ކުރައްވައިގެންނެވެ. ރައީސް އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނެވެ. އޭރު ރައީސް ޔާމީން އަބުދުލް ގައްޔޫމް ހަރާމް ހުކުމެއްގައި ޖަލުގައި އޮތަތީ ދޫކޮށްލަން ގޮވާ ރެޔާ ދުވާލު މުޒާހިރާ ކުރައްވަމުން މާލެތެރެ ހަލަބޮލި ކުރައްވަމުން ވަޑައިގެންނެވި ބޭފުޅުންނެވެ. އިންޑިއާއަށް ރާއްޖެ އަޅުދާސްކޮށް މިނިވަންކަން ނަގާލާފައިވާތީ އިންޑިއާ އައުޓް ވިދާޅުވަމުން ވަޑައިގެންނެވި ބޭފުޅުންނެވެ.

ސަރުކާރުގެ މަގާމް ތަކަށާއި ކެބިނެޓަށް އުނގެނިގެން ތިއްބެވި ގާބިލު ބޭފުޅުން އިސްކުރައްވާނެކަމަށް ވަޢުދު ވަމުން ވަޑައިގެންނެވި ބޭފުޅުންނެވެ. މި ކަންތައްތައް ވެފައިވާ ގޮތް އަޅުގަނޑު ދަންނަވާކަށް ނެތީމުއެވެ. ނަމަވެސް ތަރުބިއްޔަތެއް ނެތް ކަން ކަށަވަރެވެ. މިއަދު ރާއްޖޭގެ ރެކޯޑް ސިޔާސީ ވޯކްފޯސް ދަމަހައްޓަމުންދާ އޭރުގެ ސަރުކާރުގެ މަތިބަރުކަމުންނާއި ސަރުކާރުގެ ފުޅާކަމުން ހަރަދުބޮޑުކަމަށް ގޮވި ގޮވެލިފަތީގެ ފަހަތުގައި ފޮރުވިފައިވާ މައްކާރު ކަމެވެ.

މިއަދުވެސް ސިއްރުވެފައިވާ ސިއްރު ކުރި އެގްރީމަންޓް ތަކުގެ ވާހަކައެވެ. އަދިވެސް ކޮޅެއް މެދެއް ނުފެނިވާ ރާއްޖޭގެ ސަރަހައްދުން ވިއްކާލިކަމަށް ބުނާ ކަނޑުގެ ބައެއްގެ ވާހަކައެވެ. އިހުނަށްވުރެ ބޮޑަށް ނިކަމެތިވެފައިވާ ކޮޅަށް ނުޖެހުނު އިގްތިސާދުގެ ވާހަކައެވެ. ސިޔާސީ ގޮތުން މިނިވަންކަން އަދިވެސް ނުލިބިވާ މިނިވަންކަން ގެއްލިފައިވާ ކޯޓުތަކާއި މިނިވަން މުވައްސަސާތަކުގެ ވާހަކައެވެ.

ހައްލު ވުމުގެ އުންމީދު މިއަދުވެސް ނެތް ސިފައިންގެ ތެރެއަށާއި ފުލުހުންގެ ތެރެއަށް ނުފޫޒު ފޯރުވި ވާހަކައެވެ. ހިފެހެއްޓުމެއް ނެތި މަތިވަމުންދާ ބިލުތަކާއި ތަކެތީގެ އަގުތަކާއި ޑޮލަރުގެ އަގުތަކުގެ އުދާސްތަކެވެ. ހައްލުވި އެއްވެސް ކަމެއް އަދި ނެތެވެ. ނިކަމެތިވަނީ ހަމަ ރައްޔިތުންނެވެ. ކޮންމެ މީހަކަށް މަހުޖަނެއްގެ ދަރިއަކާއި ކައިވެންޏެއް ނުކުރެވޭނެއެވެ. މި ކަންކަން ހިންގާ އޮޅުވާލުމުގައި ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންގެ އިހުމާލުވެއެވެ. 

ދެން އޮތީ ކުޅުދުއްފުށީ މަށިމާއްޔެވެ. ކުޅުދުއްފުށީ މަށި މާލި ޕެރޭޑަކީ އަބަދުވެސް ވަރަށް ތަފާތުކޮށް ކުރިޔަށް ގެންދާ ޕެރޭޑެކެވެ. އަބަދުވެސް އެއިރެއްގައި ރައްޔިތުންގެ ސަމާލުކަން  އެންމެ ބޮޑަށް ހުއްޓިފައިވާ ސިޔާސީ ކަންތައްތަކާއި ގުޅުވައިގެން ނެރޭ ވަަރަށް އާދަޔާޚިލާފު ބިނާކުރުވަނިވި ޕެރޭޑެކެވެ. އެއީ ވަކި ސިޔާސީ ޕާޓީ އަކަށް ނިސްބަތްކޮށް ހިންގާ ހަރަކާތެކޭ ދަންނަވާނޭ ޖާގައެއްވެސް ނެތެވެ. އެހެނީ މަށި މާލި ޕެރޭޑް އިންތިޒާމް ކުރަން ފެށީއްސުރެން މަށިމާލި ޕެރޭޑް ގެންދަނީ އެއްވެސް ތަފާތު ކުރުމެއްނެތި އެއިރެއްގައި ރައްޔިތުންގެތެރޭގައި އެންމެ ގިނައިން ދެކެވޭ ސިޔާސީ ވާހަކަތައް ހިމަނައިގެން ގެނެސްދެމުންނެވެ.

ހަޖަމު ނުވާ ބަޔަކަށް ހަޖަމު ނުވާންވީއެވެ. ފާޑު ކިޔުމަކީ އޮތްކަމެކެވެ. އިތުރަށް ފުރިހަމަ ކުރާނީ އަނެއްކާވެސް އަނެއް އަހަރެވެ. ކަމުނުދާކަމަށް ބުނެ ބުނާ ހުރިހާ ބުނުމެއް ވާނީ ބުނުމުގެ ކުރީން ބާތިލު ބަހަކަށެވެ. މި ޕެރޭޑްތަކުގެ ހާއްސަ ކަމަކީ ބައެއް އައިޓަމްތައް ސްޕޮންސަރ ކުރަނީ ހަމަ އިހުސާނު ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނަށް ވުމެވެ. 

މިހުރިހާ ކަމަކަށް ބަލާލުމުން ކޯޓުތަކުގެ ހުރުމަތް ކެނޑުމުގައިވެސް އެންމެ އިސްކޮއް މިތިއްބަވަނީ ހަމަ ސިޔާސީ ވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. މަގުމަތީގެ މުޒާހިރާ ތަކުގެ ކުރީގަ އާއި ފުރަގަހުގައިވެސް މިތިއްބަވަނީ ހަމައެ ސިޔާސީ ވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. މަގުމަތީގެ އަހުލާގް އާއި އިޖުތިމާއީ ފޭރާން ހަލާކުކޮށްލެއްވުމުގެ ފަހަތުގައިވެސް ތިއްބެވިތަން މިފެންނަނީ ހަމަ އެއްކަލަ ސިޔާސީ ވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ.

ނަމަވެސް ކުޅުދުއްފުށީ މާލިތަކުން އަދި ތަނަވަސް އާއިލާ އަންހެނަކާ ކައިވެނި ކުރީ ލޯބިން ނޫންކަމާއި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ ބޭނުމުގައި ކަމަށް ދައްކާދޭ ހުށަހެޅުމެއް ނުފެނެއެވެ. ދެން އަންނަ އަހަރު އެފަދަ ހުށަހެޅުމަކަށް އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅެއްގެ ސްޕޮންސަރެއް ލިބިއްޖެ ނަމަ އުފާ މާރކެޓުގެ ނަން ނުޖަހާ ހުށަހެޅުމެއް ފެނުން ގާތެވެ. 

ސަރުކާރާއި ކުންފުނިތަކުގެ އިސް މަގާމް ތަކުގެ އިތުރުން އެހެނިހެން މަގާމް ތަކަށްވެސް ޕޯޑިއަމް ތަކުގައި އަޑުގަދަކޮށް ހިމާރުފަދަ ޖަނަވާރުން ނެރޭ ނަލަ އަޑުފުޅުން ފެލިވަޑައިގަންނަވާ، ހަޅޭއްފުޅު ލަވާ މީހުންނާއި އެއްވެސް ތަޢުލީމީ ފެންވަރެއްނެތް، ކަމަށް ގާބިލްނޫން މީހުން ވެސް އައްޔަނު މިކުރައްވަނީ ހަަމަ އެއްކަލަ ސިޔާސީވެރިންގެ ކޯޓުކޮޅު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ވެރިންނެވެ. އަމިއްލަ މަސްލަހަތަށް ޓަކައެވެ. ހަމަ އިހުސާން ފަދަ ސިިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނެވެ. 

 ކަންމިހެން ހުރިއިރު ރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކެނޑުމާއި، އަދަބު އަހުލާގާއި  އިހުތިރާމް ނެތުމުގެ ޒިންމާ އުފުލަންވީ ހަމަ ރައްޔިތުންތޯއެވެ. އިލްމަށްވުރެ ޖާހިލުކަމަށް މަރުހަބާ މިކިޔަނީވެސް ހަމަ ރައްޔިތުންތޯއެވެ. އަދިވެސް އަހުލާގީ މިންގަޑެއް ކަނޑައަޅާ އިސްލާހު ކުރަންވީ މުޖުތަމައު ތޯއެވެ. 

  މިހުރިހާ ކަމެއްގެ ޒިންމާވެސް މިއުފުލަން ޖެހެނީ ހަމަ ރައްޔިތުން ތޯއެވެ. އަމިއްލަ އައުރަ ނިވާނުކޮށް އެހެންމީހުންގެ އައުރަ ނިވާ ކުރަން ގޮވާ ބަވަންވީ ރައްޔިތުންނަށް ތޯއެވެ. ތަމްރީނު ދޭންވީ ގައުމިއްޔަތު އުގަންނައިދޭންވީ ކޮން ބަޔަކަށް ތޯއެވެ. ވަތަނީ ތަމްރީނު ދޭންވީ ރައީސުލް ޖުމްރޫރިއްޔާއަށާއި ވަޒީރުންނަށް ނޫން ތޯއެވެ. އެއަށްފަހު މުޑުދާރު އަމަލުތަކުން ޒީނަތްތެރިވެފައިވާ ރައްޔިތުންގެ މަޖިލިހަށް ނޫންތޯއެވެ. މިނިވަން ކުރަން ޖެހޭ މިނިވަން މުވައްސަސާތަކަށް ނޫންތޯއެވެ. އިސްލާހު ވާން ޖެހޭ ކަމަށް ބުނެ ފާޑު ކިޔާނަމަ ފަށަންވީ ހަމަ އިހުސާން ފަދަ ސިޔާސީ ކޯޓު ތުރުކުރައްވައިގެން ތިއްބެވި ސިޔާސީ ކަމަށް ވިދާޅުވާ ބޭފުޅުންނާއި ހިސާބުންނެވެ.

]]>
Mon, 01 Jun 2026 10:58:31 +0500 ހަވާ
ހަތަރު ވެރިކަން ފަނިކުރި ގާނޫނީ ބޮޑުފަނި https://heerasnews.com/4233 https://heerasnews.com/4233 “ކުޅުދުއްފުށީ މަށި މާލި ޕެރޭޑުގެ ސަބަބުން މުޅި އީދު ޚަރާބުވި” ކަމަށް އާޒިމާ ބުނި ބުނުން އަޖައިބަކަށް އެއްގޮތަކަށްވެސް ވާނެކަމެއް ނެތެވެ. މީގެ ހަތް އަހަރު ކުރިން މަށިމާލެ ޕެރޭޑު އެކަމަނާއަށް ވަރަށްވެސް ފައްކަލެވެ. އޭރު އެއީ ވަރަށް މޮޅު ޕެރޭޑެކެވެ.

ކަމަނާ އަކީ އުފެދުމުގައިވެސް ބާތިލު ވާހަކަ ދައްކަވާ ބޭފުޅެކެވެ. ސާބިތު ދަރަނީގެ މައްސަލަތަކެއް ކޯޓުގައި އޮއްވާ މުއިއްޒުގެ ބޮލަށް ޒާތެއްގެ ޗިޕެއް ޖަހައިގެން ކޯޓުތަކުގެ ފަނޑިޔާރުންނަށް ހެދިގޮތެއް ހަދައިގެން ސައްހަ ކުރި ކެނޑިޑެންސީގެ ވެރިކަމަނާފާނެވެ. 

ރައިސް މައުމޫނުން ފެށިގެން މީނާގެ ބައިވެރި ވުމާއި އެކު އުފެދުނު ކޮންމެ ސަރުކާރެއް ހަރާބު ވުމުގައި އެކަމަނާގެ ހިއްސާ ބޮޑުވާނެ ކަމަށް ބުނުމަކީ އައިބަކަށް ނުވާނެއެވެ. ރައީސް މައުމޫނު ސަރުކާރު ހަރާބުވި އިރުވެސް ގާނޫނީ ނުލަފާ ދޭންތިބި މީހުން ތެރޭ ހިމެނެއެވެ. ރައީސް ޑރ. ވަހީދުގެ ވެރިކަން ގަޑުބަޑު ވި އިރުވެސް މީނާގެ ގާނޫނީ ނުލަފާވީ އެ ސަރުކާރުގެ ހަލާކަށެވެ.

ރައީސް ޔާމީނު ޖަލުގައި ހޭދަ ކުރަން ޖެހުމުގެ މައިގަނޑު ބަޔާންތަކާއި މެއިލްތަކާއި ގާނޫނީ ނުލަފާ އަކީވެސް އެ ކަމަނާގެ ހެޔޮ އެދުމެވެ. ފެބުރުއަރީ 1ގެ ކޯޓުއަމުރާއި ގުޅިގެން ރައީސް ޔާމީނުވެރިކަމުގައި ހެދުނު ގިނަ ގޯސްތަކަކީ ސީދާ އެކަމަނާގެ ގާނޫނީ ނުލަފާތަކުން ހިނގާ ދިޔަކަންކަން ކަމަށް ކިޔާއުޅެއެވެ.

މުއިއްޒު ސަރުކާރުން މަގާމެއް ނުދިންކަމުގައިވިޔަސް ސެކިއުރިޓީއާއި ދެ ވަޒީރަކަށް ހޭދަ ކުރަންޖެހޭ މިންވަރަށް ހަރަދު ކޮށްގެން އާއިލީ ވަކީލަކަށް ހަދައިގެން އުޅޭ އުޅުމަކީ އިރާދަ ކުރައްވައިފި ނަމަ މި ސަރުކާރުގެވެސް ނިމުމުގެ ފެށުންކަމުގައި ވުން ގާތެވެ. 

ބައެއް މީހުންނަކީ ގާތުގައި ގެންގުޅެން އެކަށީގެންވާ ކަހަލަ މީހުންނެއް ނޫނެވެ. އެފަދަ މީހުންނަކީ ބަދު ނަސީބެވެ. ލޯބިން ބުނާނަމަ ކަމަނާއެވެ. އާދައިގެ ގޮތަކަަށްނަމަ ދައިތައެވެ. އެންމެ ފުރަތަމަ ގޭތެރެ އަތުރާތަރުތީބު ކޮށްލާށެވެ.

އެންމެ މައްސަލައެއް ނަމަވެސް ކޯޓުގައި މޮޅުވެގެން މޮޅަށް ވަކާލާތު ކޮށްލައިގެން ކާމިޔާބު ކޮށްލަބައްލަވާށެވެ. ރޮއި ހޭރި ނުފޫޒުން އެކަހެރިވެލައިގެން ގާނޫނުގެ ތަރަހައިގެ ތެރެއިން މޮޅުވެލައްވާށެވެ. މިހާތަނަށް ކާމިޔާބު ކަމާއި އެކު ނިންމާލެވުނު ރަނގަޅު ފެންވަރުގެ ކޭސްތަކުގެ ޓްރެކް ރެކޯޑްތައް ރީއްޗެއް ނޫނެވެ. މީހުން ހޯބޯ ލަވައެވެ.

ތިޔައީ ގާނޫނީގޮތުން ފަޑުއްކައެވެ. އަދި ދުނިޔެވީގޮތުންވެސް އުފެދުމުގައިވެސް ބާތިލުކަން އިތުރަށް ދިރުވުމުގެ ބޭނުމެއް ނެތެވެ. ކުރުކޮށް މީހުން ކިޔާއުޅެނީ ހަތަރުވެރިކަމެއް ފަނިކުރި ގާނޫނީ ބޮޑުފަނި ކަމަށެވެ. 

ތިމާގެ ފެންވަރުން އުޅެން ދަސްކުރާށެވެ. ސަރުކާރުތަކަށް ބަލަދު އަރައިގެން އުޅޭހެން ނޫޅެ މައިތިރި ވެލާށެވެ. އިރާދަ ކުރެއްވިއްޔާ އެކުވެރިއަކުވެސް ދިގު މުއްދަތަކަށް ލިބިދާނެއެވެ. ފެންވަރާ ލައިގެން ހުވަނދުކޮޅެއް އުނގުޅާލައިގެން ކޮންމެވެސް އެންކޮޅެއް އެއްލައިފިއްޔާ ކޮރަކައްޔެއްނަމަވެސް ޖެހިދާނެއެވެ.

]]>
Sun, 31 May 2026 07:11:00 +0500 ހަވާ
ވަތަނީ ހިދުމަތަކީ ވެރިން މުގައްދަސް ކުރުމެއްނޫން https://heerasnews.com/4232 https://heerasnews.com/4232 ވަތަނީ ހިދުމަތުގެ ތަމްރީނުތަކެއް ކުދި ބަޔަކު ހެދުމަކީ ގައުމަށް ނުހަނު ބޭނުންތެރިކަމެކެވެ. ބެޗެއްގައި ގާތްގަނޑަކަށް 340 ވަރަކަށް ބައިވެރިން ހިމެނޭ ކަމާއި ވަތަނީ ހިދުމަތުގެ ދެވަނަ ބެޗު ދަސްވެނިއްޖެ ކަމަށް ނޫސްތަކުން ފެނުމުން އުފާވުމާއި އެކު މާޔޫސްކަން ހިތަށް ވެރިވެގަތެވެ.ވަކީން ހާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާ އެ ބައިވެރިންނަށް މަރުހަބާ ދެންނެވުމުން މާޔޫސްކަން ދެގުނަވިކަހަލައެވެ.

ވަތަނަކީ ކޮބާ ކަމެއް، ގައުމަކީ ކޮބާ ކަމެއް، ހުއްބުލްވަތަންގެ ސިފަތަކަކީ ކޮބާކަމެއް، ގައުމުގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް ފަހުމް ނުވާއިރު އެފަދަ ފިލާވަޅުތަކެއް ކުދި ބަޔަކަށް އުނގަންނައިދެވޭނީ ކިހިނެތް ތޯއެވެ. 

ވަތަނީ ހިދުމަތަކީ ނަގާދޭ ފިލާވަޅަކުން ކުރާ ތަމްރީނަކުން މީހެއްގެ ކިބައިގައި އަށަގަންނާނެ ސިފަތަކެއް ނޫނެވެ. މަތީން ތިރިއަށް ގެންގުޅޭ އަހުލާގާއި ދައްކުވައިދޭ ނަމޫނާއިންނާއި ދިރިއުޅޭ ވެށިން ދަސްވެ ވިސްނުމާއި ހިޔާލުގައި ބިންވަޅު ނެގޭނެ ސިފަތަކެކެވެ. އެންމެ އިސް ވެރިންފެށިގެން އެންމެ އާދައިގެ ސަރުކާރުގެ މުވައްޒަފުން ތަމްސީލު ނުކުރާ ކަމެއް އުމުރުގެ އެތަށް ދުވަހެއްގެ ތަރުބިއްޔަތެއް ބަދަލެއް ނުކުރެވޭނެއެވެ. 

ތައުލީމާއި ތަރުބިއްޔަތު، ތަމްރީނާއި ތަޖުރިބާ އަކީ އެނގުމާއި ނޭނގުމުގެ ތަޅުދަނޑިތަކެވެ. މި ހުރިހާ ކަމެއް އައިސް ގުޅެނީ އެމީހަކު ހެދިބޮޑުވާ ވެށީގެ ތެރެއިން އުނގަންނައިދޭ ފިލާވަޅު ތަކެއްގެ މައްޗަށެވެ.

“އިލްމަށްވުރެ ޖާހިލުކަމަށް މަރުހަބާކިޔާ ގައުމަކަށް ރާއްޖެވެއްޖެ،މިއީ ހިތާމަ ހުރި ކަމެއް” ހޯމް މިނިސްޓަރު ދާދި މިދާކަށް ދުވަހު ވިދާޅުވިއެވެ. ހެޔޮފުޅު ވާހަކައެކެވެ. އިލްމުން ހިލްމަށް ބަދަލު ނާންނަ ނަމަ ޖާހިލުކަން އެމީހެއްގެ މައްޗަށް ގަދަވެ ގަންނާނެއެވެ.

އެންމެ ފުރަތަމަ އެވާހަކަ ވިދާޅުވި ފަރާތެވެ. ވެރިކަމުގެ ޅަފަތުގައި ގައުމު ކައްކުވާލީ ބަރަހަނާ ވީޑިއޯ ތަކާއި ފޮޓޯތަކެއް ދައުރުވި ވާހަކައެވެ. އެއީ ދޮގެއް ކަމެއް ތެދެއްކަމެއް ނޭގެއެވެ. މިއީ އިލުމު އުނގެނި ޑރ. ގެ ލަގަބު ނަމުގެ ކުރީގައި ހިމެނި ބޭފުޅެއްގެ ވާހަކައެވެ.

އިލްމު ހުރިކަމަށް ބަލަމާތޯއެވެ. ނަމަވެސް ހިލްމެއް ތަރުބިއްޔަތެއް ނެތެވެ. ދައުލަތުގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ނަގާ އެ ބާރުގެ ނާޖައިޒް ފައިދާ ނަގާ ވާހަކައަކީ އެންމެންދަންނަ ސިއްރެކެވެ.

ވަތަނީ ހިދުމަތުގެ ތަމްރީނު ދީފައި މި ވެއްޓަށް ކުދިން ނެރޭއިރު ވެށި އޮތީ ތަގައްޔަރުވެފައެވެ. ބަންކަރިންނާއި އިންވެސްޓްމަންޓް ބޭންކާއި ޑޮލަރުގެ އަގު 1970 ގެ އަހަރުތަކުގައި ހުރި ވަރަށް ތިރި ކުރާނެ ކަމަށް ބުނި ވަޒީރުންގެ ކިބައިން ފެނުނީ ދޮގާއި މަކަރުގެ ޒަލްޒަލާއެކެވެ.

ވަތަނީ ހިދުމަތުގެ ތަމްރީނު ހަދައިގެން ދަރިވަރު ނިކުންނަންވީ މި މުޖުތަމައުއަށެވެ. މަސްކިލޯއެއްގެ އަގުގެ ވާހަކައާއި ބޮޑުކަންނެލީގެ އަގުތައް ހުރި ހިސާބުންފެށިގެން 9 ހަފުތާއިން ހެލިކޮޕްޓަރު ދުއްވަން ދަސްކޮށްދޭން ކަމަރުބަތް ވަޒީރުންނަށް ލިބުނު ލައިސަންސްގެ އެކްސްޕަޔަރީ އަރާ ހަމަކުރީ ތޯއްޗެވެ. ބޮނަކުއާ ފުޅިއަކަށް ރުގްޔާ ކުރި ވަޒީރުންގެ މާލިމީ ކަމުގައި ވަތަނީ ތަމްރީނުން މި ވެށި ވަނީ ކިލަނބުވެފައެވެ.

ދޮގާއި މަކަރާއި މުންކަރާތް ތަކާއި އޮޅުވާލުމާއި އިސްލާމީ ތަރުބިއްޔަތުގެ ވާހަކަ ފޮތުގައި ލިޔެފައިވާ ލިޔުންތަކަކަށް ވުރެ ކުރިއަށް ނުޖެހޭ ވެއްޓެއްގައި ވަތަނީ ތަމްރީނު ވާނީ ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުމަށް ނޫންބާވައޭ ހިތައް އަރައެވެ. 

ދުނިޔެ އިސްލާހު ކުރުމުގެ ކުރިން އިސްލާހު ވާންވީ ތިމާމެންނެވެ. ބަހާއި އަމަލާ ދިމާކޮށްލަން ވީއެވެ. ދިވެހި ވެށީގައި ތެދުބުނުމާއި އިސްލާމީ އަހުލާގު ދިރުވާއާލާ ކުރަންވީއެވެ. މަގާމުތަކަކީ ހަޑި ހުތުރު އަމަލުތައް ހިންގުމަށް ލިބޭ ލައިސަންސެއްގެ ގޮތުގައި ބައްޓަންވެފައި އޮތް އޮތުން ބަދަލު ކުރަންވީއެވެ. ގޭތެރެ ތަރުތީބު ކޮށްލަންވީއެވެ.

އޭގެ ފަހުން އަވަށްޓެރިންނަށް ނަސޭހަތްދީ ތަރުބިއްޔަތު ކުރަންވީއެވެ. އޭރުން ރަށްރަށަށް އެ އަހުލާގު ފެތުރިދާނެއެވެ. އޭރުން އެ ހެޔޮ އަހުލާގު މުޅި ގައުމަށް ފަތުރާލަން ފަސޭހަވާނެއެވެ. ތިޔަ ދަތުރުކުރަނީ ތަރުތީބު އޮޅުވާލައިގެންނެވެ. ރަނަގަޅު ކޮށްލާށެވެ. ނުވަންޏާ އެކަހެރިވެލާށެވެ.ވަތަނީ ހިދުމަތަކީ ވެރިން މުގައްދަސް ކުރުމެއް  ވެސް ނޫނެވެ.

]]>
Sat, 30 May 2026 12:08:04 +0500 ހަވާ
ފުރާނައިން ގުރުބާންވާން ހުވާކޮށްގެން ތިބި ބަޔަކަށްވުމުގެ މާނައަކީ މަރުވާން ދޫކޮށްލުމެއް ނޫން https://heerasnews.com/4210 https://heerasnews.com/4210 ދިވެހި ހުނަރުވެރި ސިފައިންގެ ޑައިވަރަކު ނިޔާވުމަކީ ހިތާމައެކެވެ. ހާއްސަކޮށް ތަޖުރިބާއާއި ތަމްރީނު ލިބި ރާއްޖޭގެ މާހައުލަށް ފައްކާވެފައިވާ ސިފަވަންތަ ސިފައިންގެ މީހަކު ސިފައިންގެ ލަޝްކަރުން ގެއްލުމަކީ އެލަޝްކަރަށް ވެސް ލިބޭނިކަމެތި ކަމެކެވެ. އާއިލާ އާއި ގާތް ރައްޓެހިންނަށް ގެއްލިގެން އެދިޔައީ ފޫބެއްދޭނެ ވަރުގެ ހިތާމައެއް ނޫނެވެ. އާއިލާއަކަށް ގެއްލުނީ އާއިލާގެ މެމްބަރެކެވެ. މައިންބަފައިންނަށް ގެއްލުނީ ކިޔަމަންތެރި ދަރިއެކެވެ. ކޮއްކޮ ބޭބޭ ދައްތައިންނަށް ބަރޯސާވާނެ އާއިލާ މެމްބަރެކެވެ. ފިރިއެކެވެ. އަންހެނުން އެކަނިވެރި ވީއެވެ. ބައްޕައެކެވެ. ދަރިންނަށް ގެއްލުނީ އެ ކުދިންގެ ރޯލް މޮޑެލްއެވެ. 

ދިވެހިރާއްޖޭގެ އެންމެ ފުރިހަމަ އެސްއޯޕީތައް ތައްޔާރު ކުރެވި އެއަށް އަމަލު ކުރަމުންދާ ތަނުގެ ތެރެއިން މައްސަލައެއް ފެނުމަކީ އާދައިގެ ކަމެއް ނޫނެވެ. ދިވެހި ސިފައިންނަކީ ކަންކަމަށް ތައްޔާރުވުމުގެ ލާމަސީލު ނަމޫނާވެރި ބައެކެވެ. ލިޔެވިފައިވާ ލިޔުންތަކާއި އެއްގޮތަށް ކަންކަން ކުރުމުގައި ހަލުވި ބައެކެވެ. ޕްލޭން ތަކުގައި ކޮންޓިންޖެންސީ ޕްލޭންތަކާއި ސްލާމަތާއި ރައްކައުތެރިކަމަށް އަޅާނެ ފިޔަވަޅުތައް ލިޔެވިފައި ހުންނާނެއެވެ.

އެކަމަކު މިވީ ކިހިނެއް ހެއްޔެވެ. ކޮންމެ ކާރިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ސިފައިންގެ ވެރިޔާ ފޮޓޯގްރާފަރުން ގޮވައިގެން ދޭ ހެއްޔެވެ. ޖަޕާނު ސަރުކާރުން ހަދިޔާ ކުރި ކަނޑުއަޑީގެ 200މީޓަރ ހޯދޭ ރޮބަރޓް ކޮބާ ތޯއެވެ. ތ. އަތޮޅުގައި ގާއިމު ކުރި ޑީކޯޗޭމްބަރު ކޮބާ ތޯއެވެ. 

ކޯސްޓްގާރޑުގެ ވެރިޔާ ދެއްކިވާހަކައަށް ސަމާލުކަމެއް ދިނުން މުހިންމެވެ. އޭނާ ބުންޏެވެ. ސިފައިން އެ ފުނަށް ރެސްކިޔު އޮޕަރޭޝަނެއްގައި ދާން ތަމްރީނުވެފައެއް ނެތެވެ. މިއީ ވަރަށް ބޮޑު ރިސްކެކެވެ. އަދި އެކަމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތެއްވެސް ނެތެވެ. މިއީ ކޯސްޓްގާޑްގެ ވެރިޔާގެ ބަހެވެ.

ސުވާލަކީ ރިސްކު ކުޑަ ކުރަން ރޮބާރޓް ބޭނުން ނުކުރީ ކީއްވެހެއްޔެވެ. ކަނޑުއަޑީގައި ތިބި މީހުން ވީ މަރުވެފައިކަން ކަށަވަރު ކުރެވޭއިރު ވަސީލަތާއި ތަމްރީނު ނެތް ބަޔަކު އެތަނަށް ރައީސުލްޖުމްހޫރިއްޔާ ގެންގޮސް ބޭލީ ކީއްވެގެން ހެއްޔެވެ؟ އެކަން އެވަގުތު ނުކޮށްގެން އިތުރަށް ގޯސްވާނީ ކޮންކަމެއް ތޯއެވެ؟ ސިފައިންނަކީ ފުރާނައިން ގުރުބާން ވާން ހުވާ ކޮށްގެން ތިބި ބަޔަކަށް ވުމުގެ މާނައަކީ މަރުވާން ދޫކޮށްލުމެއް ނޫނެވެ. 

މުޅި ހާދިސާއަށް އަމަލުކުރުން ފެންނަނީ މުޅިން އެހެން އޭންގަލަކަުންނެވެ. ކަމެއްގެ ސަމާލުކަން ގެއްލުވާލަން ކުރި ކަމެއްގެ ގޮތުގައިވެސް ސިފަވެއެވެ. ބޭރުގެ ތަޖުރިބާކާރުން ރާއްޖެއައި ދުވަހު ޑައިވެއް ނުކުރެއެވެ. ނަމަވެސް ދެ ދުވަސް މަތީން އެންމެން އެއްގަމަށް އަރުވައިފިއެވެ. މި ހާދިސާއަކީ މި ވަރުގެ ރިސްކެއް ނުނަގާ ނިންމޭނެ ކަމެއް ކަމުގައި ރާއްޖެއާއި ފަރަންޖީންގެ ތަޖުރިބާ ކާރުން ބުނެއެވެ. މި ކަމުން ފިލާވަޅެއް ދަސްކުރަން ޖެހެއެވެ. ދެ ފަހަރު އެކައްޗެއް ކިޔަންވެސް ޖެހެއެވެ.

ޑިފެންސް މިނިސްޓަރުގެ ބަދަލުގައި ހޯމް މިނިސްޓަރު ހާދިސާ ދިފާއު ކުރެވޭނެ ގޮތެއް ނެތެވެ. ކުރިން ދެއްކި ވާހަކަތައް ހުރީ ޖައްވުގައެވެ. ވާހަކަ ދެއްކީ ދިވެހީންނެވެ. ތަޖުރިބާއާއި ތަމްރީނާއި ވަސީލަތް ނެތި އެ ފުނަށް ޑައިވްކުރި ސަބަބެއް އޮންނަން ވާނެއެވެ. ޒިންމާ ވާނެ ފަރާތްތަކެއް ވާންވާނެއެވެ.

ފަންނުވެރިއެއްގެ ފުރާނައިގެ އަގަކީ ޝަރަފުވެރި ކަމާއި އެކު ފަސްދާނު ލެވުމުން ނިންމާލަން ޖެހޭނެ ކަމެއް ނޫނެވެ. ތަހުގީގު ކުރަން ޖެހޭނެއެވެ. ނަމަވެސް ގައުމުގެ ހާލަތު ގޮސްފައިވާ ހިސާބުން ތަހުގީގީ އިދާރާތަކަށް ކުރާ އިތުބާރު ބޮޑުތަނުން ދައްވެއްޖެއެވެ. ގާނޫނުގެ ދެ ފޮޅުވަތް ދޭތެރެއިން ހިތު ހުރި ގޮތަކަށް ކުރާކަންކަން ހުއްޓާލަން ޖެހެއެވެ. ހަމަމަގަށް ޖެހިލަން އެބަޖެހެއެވެ.

]]>
Thu, 21 May 2026 11:00:55 +0500 ހަވާ
ހަރުގޭގައި މާވަޑިކަލޭގެ ބަހެއް ނުވިކޭ! https://heerasnews.com/4195 https://heerasnews.com/4195 ބުރޯ ތިޔައީ ވަރަށް އާދައިގެ ލީގެއްގެ ކުޅުން ތެރިއެކެވެ. ކަންކަން މަޝްވަރާ ކުރުމުގައިވެސް ދަރަޖަތަކެއް ވެއެވެ. އެއީ އޮޕަރޭޝަން ލެވެލަކާއި، ޓެކްޓިކަލް ލެވެލަކާއި ސްޓްރެޓަޖިކް ލެވެލެވެ. މީގެ ތެރެއިން އޮޕަރޭޝަން ލެވެލްގެ މީހުންނަށް ކަންކަން އެގޭނީ އެ ބަޔަކަށް މައުލޫމާތު ދިން މިންވަރަކަށެވެ.

ބަންޑާރަ ގެރިީންގެ ލީޑަރަކީ ޓެކްޓިކަލް ލެވެލްއަށް ކުފޫ ހަމަވާ ވެސް މީހެއް ނޫނެވެ. ޒާތީ ނުވާށެވެ. ޒާތީ ކަމެއް ނެތެވެ. ހެޔޮ އެދޭތީއެވެ. މާބޮޑަށް މިރިއެއް ގަދަބާރުން ކާއްޓަކަށް ވާން އުޅެނިކޮށް ސޯޓު ބޭލިދާނެއެވެ. 

ބުރޯއެވެ. ތިޔަ ލީގުގެ ބައިވެރިން ކުރާކަންކަމަށް މަތީ ލީގުން ދެނީ ބީރު ކަންފަތެކެވެ. ކަނު ލޮލެކެވެ. ރެލެވަންޓެއް ނޫނެވެ. ބުރޯގެ ވާހަކަ ގިނަ މީހުން ދައްކަން ބޭނުން ނުވަނީ ތިޔައީ ކިހާވަރެއްގެ މީހެއްކަން މީހުންނަށް އެގޭތީއެވެ.

މީހުން އެކަންކަމުގެ މަތިން ހަނދާން ނެތްކަމަށް ހީކޮށްގެން ހުއްޓަސް ފަހަރިއެއްގެ އެތައް އަހަރެއްގެ ކައިވެންޏެއް ރޫޅުނު ގޮތް ދަންނަ މީހުން ވެސް ލައްކަ ގިނައެވެ. ކޮން ގެއެއްކަމާއި ސީސީޓީވީ ފުޓޭޖް ބެލިކަން ދަންނަ މީހުން މި ފުރަމާލޭގައި ބައިވަރެވެ. ފަހަރިއަށް ފުލެޓު ކުއްޔަށް ނަގާދިން މީހެއްގެ ވާހަކަ ދަންނަ މީހުން އެހާމެ ގިނައެވެ. ތެޔޮ ދަމަން ރަށުގައި ގެންގުޅޭ ސޮރުގެ ކަންކަން ދަންނަ މީހުންވެސް އެބައުޅެއެވެ. ރަށުގައި ހިންގާ އޮޑިހަރުގޭގެ މުވައްޒަފުން ޔުޓިލިޓީ ކުންފުންޏާ ހަވާލުކޮށް ހިލޭ މަސައްކަތް ކުރުވާކަން ދަންނަ މީހުންވެސް މަދެއް ނޫނެވެ. ތެޔޮ އުނގުޅައިގެން އެންޓަނާ ނަގައިގެން އުޅެނިކޮށް ދުށް މީހުންވެސް މަދެއް ނޫނެވެ. ވަޒީރު އާއި ބުރޯއާއި އެކު ފެށި މަސައްކަތުން ނުހައްގުން ހޯދި މަންފާ އާއި ހަލާލު ނޫން ގޮތުގައި ހޯދި ފައިސާގެ ކަންކަން ދަންނަ މީހުން މަދެއް ނޫނެވެ.

މާތް ރަސްކަލާނގެ ކަންކަން މެދުވެރި ކުރައްވަނީ ފިލާވަޅެއް ލިބިގަތުމަށް ވެސް މެއެވެ. އެ އެއްޗެއް ހޯދި ގޮތަކަށް އެ އެއްޗެއް ދާނެ ވާހަކައަކީ ޖޯކެއް ނޫނެވެ. އޮޑި ދޯނިފަހަރުވެސް އަނދަނީތާއެވެ. އޭރުން އިންސުއަރެންސް ހޯދަން ބަންޑާރައިންގެ ބޮލަށް ޗިޕެއް ޖަހާނީހެއްޔެވެ. އޭނާ ވެސް އަމިއްލަ ދިފާއުގައި މިއަދު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. 

ހެއްދެވި ފަރާތަށް ބިރުވެރިވާށެވެ. ތިމާގެ ގާބިލުކަން ނެތް ލީގަށް ކުޅެން ނޫޅޭށެވެ. ބޭލިދާނެއެވެ. ނަސީބަކުން ނަމަވެސް ތިޔަ ހުރީ ހައްގު ހިސާބެއްގައި ނޫންކަން ތިމާ ތަމްސީލުކުރާ ގޭންގުގެ އެތަށް ބަޔަކު ބުނެއެވެ. ކޮންމެ ފަހަރަކު “ބައްލަވާ ވެރިޔާ އަޅުގަނޑު ބުނާ އެއްވެސް އެއްޗެއް މި ގޭންގަކުން ބަލައެއް ނުގަނޭ، ވަޓްސް އަޕުގައި ލިޔެލަ ދެއްވާ” އަކުން ނުފުދޭނެއެވެ. އަމިއްލަ ގޭންގުން ބަލައި ނުގަންނަ މީހަކު އެހެން ބަޔަކު ބަލައިގަންނާނީ ކިހިނަކުންތޯއެވެ. 

]]>
Sun, 17 May 2026 21:26:56 +0500 ހަވާ
ނޭނގި ތިއްބާ ކުށްވެރިވާ ރާއްޖޭގެ މިނިވަން މީޑިއާ https://heerasnews.com/4193 https://heerasnews.com/4193 ނުސްވެރިކަން މިހާރު ރާއްޖޭގައި އޮތް ހިސާބުން ނޫސްތަކުގައި ލިޔަންވީ ކީކޭކަންވެސް ސަރުކާރުން އެބަ ބުނެދޭން ޖެހެއެވެ. މިނިވަން ނޫސްވެރިކަން ކުރުމާއި މަޖިލިސްތަކާއި ބައްދަލުވުންތަކާއި އެއްވުންތަކުގައި ދައްކާ ވާހަކަތަކުގައި ވެސް ދައްކަންވީ ކޮން ވާހަކައެއްކަން ދައުލަތުން ބުނެދޭން ޖެހޭނެއެވެ.

ނޭނގި ކުއްވެރިވުމަކީ މިއަދު މިނިވަން މީޑިއާތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މީހަކު މީހަކަށް ތުހުމަތުކޮށް ބައެއްކަހަލަ ހެކިތަކާއި އެކު ބުނާ ވާހަކަތައް ދައުލަތުން ވަކީން ހާއްސަކޮށް ސަރުކާރުން ނުރުހޭނަމަ ކުއްވެރިވެއެވެ. 

ދައުލަތުގެ ބާރުތައް ކޮންޓްރޯލް ކޮށް އެއްވަށިގަނޑަކަށް ލެވޭނީ މިވަރަށެވެ. މުޅި ދައުލަތުން މީޑިއާގައި ކަސްތަޅު އެޅުވޭނީ މި މިންވަރަށެވެ. އިނގިރޭސި އަކުރެއް ކިޔުން މަނާވެއްޖެއެވެ. ތާނައިގެ ދެ އަކުރެއް އެއްކުރުން މަނަލެވެ.

އަނެއްކޮޅުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހުން ދުވަހަށް ދަނީ ނިކަމެތި ވަމުންނެވެ. ހިދުމަތް ތަކުގެ އަގުތައް އުފުލިއްޖެއެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ހުއްޓޭ ހިސާބަށް ހިނގައްޖެއެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ޓޫރިސްޓުން ރެކޯޑް އަދަދަކަށް މަދުވެއްޖެއެވެ.

ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ މިންވަރަކުން ނުފުދެއެވެ. ދެ ބިލިއަން އާމްދަނީއަށް ލިބޭނަމަ ހަރަދަށް ހަތަރު ބިލިއަން ރުފިޔާ އަރައެވެ. ދެކޮޅު ޖެއްސޭނެ ގޮތެއް ރައްޔިތަކަށްވެސް ސަރުކާރަކަށްވެސް ނެތެވެ. 

މި ހާލަތުގައި ސަރުކާރަށް ވާގިވެރިވާ މީހުންނަކަށް މާބޮޑު ބަދަލެއް ނެތެވެ. ވޭތުވެ ދިޔަ ފަސް އަހަރު ދުވަހު އެއްވެސް އާމްދަނީއެއް ނުލިބި ތިބި މީހުންނަށް މިއަދު ފަނަރަވަރަކަށް ހާހުން މަތީގެ މުސާރަ ލިބޭނަމަ އެވެސް ވާނީ ގުއި ނުދެކޭ ކާޅަށް ގުއި ފެނުން ކަހަލަ ކަމަކަށެވެ. އެވެރިންނަށް އެވެރިން ދިފާއު ކުރަން އުޅެވެނީ ސަރުކާރުކަމެއް، ގައުމުކަމެއް، ޕާޓީކަމެއް ވެރި މީހާކަމެއް ނޭނގެއެވެ. އެ މީހުން އެންމެ ވައްތަރީ ޗާބީ ދީގެން އަނބުރާ ކުޅޭ އެއްޗަކާއެވެ.

އަދިވެސް ވާޖަހާ ކަސްތަޅު އަޅުވާ ކަށިނަރުދަމާ އަލިފާން ރޯކުރަންވީ މީޑިއާގެ ތެރެއިން ނުގުޑާ އަޒުމެއްގައި މަސައްކަތް ކުރާ ގަލަމުގައި ތޯއެވެ؟.

]]>
Sun, 17 May 2026 10:39:21 +0500 ހަވާ
3 ރައީސުން އެއްތަން ވެލުމުން މުޅި ސަރުކާރު ޑިފެންސަށް https://heerasnews.com/4191 https://heerasnews.com/4191 މިހާރު ފެންނަމުންދަނީ ބާރަށް ޖަހަން ކުރި މަސައްކަތުން ބޫޓު ނެއްޓިގެން ދިޔަ މަންޒަރެވެ. ކުޅިވަރު ކުޅޭއިރު ބޫޓަށް އަރަނީ ފައިގެ ރައްކައުތެރިކަމަށާއި މީހާ ހެލިފެލިވެ އުޅެން ފަސޭހަ އަކަށެވެ. ބޫޓަށްވެސް ކެތްވާނީ ފަޔަށް ކުޅަދާނަ މިންވަރަށެވެ. ގައުމެއްގެ ހާލަތު ފާލުން ނެއްޓުމުން އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ ގައުމު ހިންގަން އެ ވަގުތަކު ތިބި ބައެއްގެ ބޮލުގައެވެ. ބޫޓު ފައިން ނެއްޓޭ ގޮތަށް އެ މީހުންގެ ބޯ ގޮވާ މަންޒަރު ނުފެނިދާނެއެވެ. އެއީ އިހުސާސް ކުރަން ޖެހޭނެ މަންޒަރެކެވެ. އެ ބޮލަށް ވެސް ކުޅަދާނަވާނީ ބޮލަށް ކެތްވާ މިންވަރަށެވެ. ފިކުރަކާއި މުތުލަގަށް ދެކޮޅުވެ، ދެބަސް ވުމަކީ އޮތްކަމެކެވެ. އެކަންވެސް އޮންނަނީ ހުދޫދެއްގެ ތެރޭގައި ކަސްތޮޅު އެޅިފައެވެ. 

ރާއްޖޭގައި އޮންނަނީ މައިގަނޑު ދެ ސިޔާސީ ފިކުރެކެވެ. ސަރުކާރު ހިންގަމުން ދަނީ އެ ފިކުރުތެރެއިން ކޮން ފިކުރެއްގައިކަން ސަރުކާރަށްވެސް ނުއެނގި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ވެރިކަމަށް އަދުގެ ސަރުކާރު ގެންނަން މަސައްކަތް ކުރި ބަޔަކު މަސައްކަތް ކުރީ އޭގެ ކުރިން ވެރިކަން ކުރި ސަރުކާރުގެ ނުރަނގަޅު ސިފަތަކެއް ފެނުމުން ކަމުގައި ބުނވިދާނެއެވެ.

ބަހުސްގެ ބޭނުމަށް އަދުގެ ސަރުކާރަކީ ދެ ފިކުރުގެ ތެރެއިން ހެޔޮ ފިކުރުކަށް ބުނަމާ ތޯއެވެ. ދެބަސްވެ އެއްބަސްވާ ބަޔަކު ތިބުން ބައިކޮށްލަމާތޯއެވެ. ވެރިކަމަށް އަދުގެ ސަރުކާރު އައީ ހުސް ގޮނޑިއެއްގެ އަޖަލުގައި ރައްޔިތުން ޖައްސައިގެންނެވެ. ފޮޓޯ ގަނޑެއް ފަހަތުގައި ކުރަހައިގެންނެވެ. “ނުހައްގުން ޖަލުގައި”، “އަދުލު އިންސާފު މުށު ތެރޭގައި” ގޮވަމުންނެވެ. މިއީ ރުހުނަސް ނުރުހުނަސް، ދެވަސްވެ އެއްބަސް ވިޔަސް ހަގީގަތެވެ.

ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބި ކަމުގެ ތުހުމަތާއި، ސިއްރު ކުރެވިފައިވާ އެއްބަސްވުންތަކެއް ހާމަ ނުކުރުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލި ނުވަތަ ވިއްކާލި ތުހުމަތާއި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލި ކަމުގެ ތުހުމަތާއި ރާއްޖެއިން ލިބޭ އާމްދަނީއިން ރާއްޖެ ކުޑަ ސަރުކާރަކުން ހިންގާނެކަމާއި، އަދުލު އިންސާފު އެންމެންނަށް ހަމަހަމައަށް ލިބޭނެކަމުގެ ކަށަވަރުކަމާއި، ސަރުކާރުން ދައުލަތުގެ މުއައްސަސާތަކަށް އަތްނުބާނާނެ ކަމުގެ ޔަގީން ކަމާއި އެކުގައެވެ. މިއީ ވައުދު ނާމާގެ ކޯރުން ކޯވަރެކެވެ.

ފިކުރުގެ އަޖަލުގައި ޖެހިފައިވާ ބޭފުޅުންނަށް އޮތީ އެންމެ ސުވާލެކެވެ. އޭރުގެ ފިކުރު ހުތުރުވެ ފަކުރީއެވެ. މިއަދުގެ ފިކުރުގައި އެ ފަކުރުވި ސިޔާސަތާއި ހުރީ ކޮން ތަފާތެއް ތޯއެވެ؟ ބޭރުގެ އަސްކަރިއްޔާ ނެތްތޯއެވެ. ސިއްރު އެގްރީމަންޓްތައް ރައްޔިތުންނަށް ފެނުނީ ތޯއެވެ. ރާއްޖޭގެ އިގްތިސާދާއި ދައުލަތުގެ އިސްރާފު ހެޔޮ ވީތޯއެވެ. ރާއްޖޭގެ ސަރަހައްދުގެ ކަނޑު އަނބުރާ ލިބުނީތޯއެވެ. އަދުލު އިންސާފު ސަރުކާރުގެ ނުފޫޒުން މިންޖުވީ ތޯއެވެ. ޖަވާބު ކިޔުންތެރިންނަށް ދޫކޮށްލަމެވެ.

“ހާދަ ހެޔޮ ސަރުކާރެކޭ” ބުނާނެ މީހުން ތިބޭނެއެވެ. ސަރުކާރުގެ މުސާރަވެރިންނާއި އެ މުސާރަވެރިންގެ ގާތް ތިމާގެ މީހުންނެވެ. އެއީ ފިކުރެއް ނޫނެވެ. އެއީ އަމިއްލަ އެދުމެވެ. އަމިއްލަ އެދުމުގެ ޝިކާރައަކަށް ވެފައިވާ މީހަކު ފިޔަވާ ކަންކަން ރަގަޅު ކަމަށް ބުނާ މީހަކާއި ކުރިމަތި ނުވެއެވެ. އަމިއްލަ އެދުމުގެ މީހުންގެ އަދަދަކީ ސަރުކާރު އެންޑޯޒް ކުރާ މިންވަރު ދެނެގަނެވޭނެ މީޒާނެއް ނޫނެވެ. އެއީ ރަނގަޅުވުމުގެ ސިއްކައެއްވެސް ނޫނެވެ. ނަމަވެސް ހައި ހޫނުކަން ފިލުވަން އެހެންގޮތެއް ނެތިފައި ތިބި ބައެއް މީހުން ސަރުކާރުން އެންގުމަކާއި ނުލާވެސް އެއްވުންތަކަށް ހިނގައިދާނެއެވެ. ނަށާ ލަވަވެސް ކިޔާ ހަޅޭއް ފަޅޭ ލަވާ ފާނެއެވެ. އޭގެ ތެރެއިން ގިނައީ ބަނޑަށް އަރާފާނެ ހޫނަކުން ސަލާމަތްވާން އުޅޭ މީހުންނެވެ. 

ފިކުރަކީ އެ މީހަކު ގަބޫލުކޮށް ބަލައިގަންނަ ސިޔާސަތެކެވެ. އަދުގެ ސަރުކާރުގެ ފިކުރެއް ނެތެވެ. ސިޔާސަތެއްވެސް ނެތެވެ. އެހެން ވީމާ ސިޔާސަތާއި ފިކުރަކީ ތިމާގެ އިސްކޮޅަށް ވުރެ މަތީ ވާހަކައެކެވެ. ޖާހިލުކަމުގެ ނިޝާނެކެވެ. ފުރައްސާރައެކެވެ. އޮޅުވާލުމެކެވެ. ސަރުކާރުން ލާރި ނުދޭނަމަ ތިޔަ ސިޔާސަތާއި ފިކުރު މިހާރު އޮތީހީ ކަފުންކޮށް ވަޅުލާފައެވެ. “ވެހޭތޯ ފެން ނަގަނީއެވެ”. އިތުރު އެއްވެސް ކަމެއް މިއަދާ ގުޅުވޭނެ ހަމައެއް ނެތެވެ. 

ގުޑައިފިއެވެ. ނީސްތައްޓަށް އަރައިފިއެވެ. ގޮތް ހުސްވެ، ހާސްވެ، ކޮސްވެ މުޅަވެއްޖެއެވެ. ފިކުރު ދޫކޮށްލާށެވެ. ކުރީން ކަންވީގޮތްވެސް ދޫކޮށްލާށެވެ. އަދުގެ ހާލަތަށް ތިން ރައީސުންގެ މަޖުމާއިން ނަތީޖާއެއް ލިބޭތޯ ބަލަމާތޯއެވެ. ސަރުކާރުގެ ވެރިޔާ މި ވޭތުވެ ދިޔަ ދެ ތިން އަހަރުގައި ދެއްކި ވާހަކައަކާއި އަމަލާ ދިމާވެއްޖެ ތޯއެވެ. ބާރަށް ނޫނެކޭ ބުނެފިނަމަ މާބާރަށް އެކަމެއް އާނ އަކަށް ވެއެވެ. ދޮގެކޭ ބުނާ ކޮންމެ ކަމެއް ތެދަކަށް ވެއެވެ. އަދި އާނ ބުނެފިނަމަ ދެން އެކަން ހަނދާނުން ފޮހެލަން ތަންމަތި ބަންނަންވީއެވެ. ހަމަގައިމުވެސް ބަހާ އަމަލާ ދިމާނުވުމުގެ މިސާލު ހޯދާނަމަ އެކަން ވަރަށްވެސް ސާފެވެ. އަސަރެއް ނުކުރާނެ ވަރުގެ ކަމެއް ނަމަ ސަރުކާރު އެކުގައި ޑިފެންސަށް ކުޅެން ޖެހޭ ފަދަ ހާލަތެއް ތިން ރައީސުންގެ މޭޒު ދޮށުން ފެނުނީ އެއް ނޫނެއްނުން ތޯއެވެ.

ޖެހިލުންވާނަމަ ވިޔާނުދާ ކަންކަމުން ދުރުހެލިވެލާން މަސައްކަތް މިސްރާބު ކުރާށެވެ. ތިޔަ ޖަހާ ހިސާބު މޮޅު ހިސާބު އިލްމުވެރީންނަށް ވެސް ނޭނގޭނެ މިންވަރަށް ހަރާބު ނުކުރާށެވެ. ހެޔޮ ނުބައި ނިންމާނީ ރައްޔިތުންނެވެ. ސަރުކާރުގެ މުއްފަތުން އުޅޭ އަޅުންނަކަށް ޗޮއިސްއެއް ނޯންނާނެއެވެ. ސަލާމް ޖަހަން މަޖުބޫރުވެފައިވާ މީހުންނަށް ވެސް ބޭނުން ހުރިހާއެއްޗެއް ނުލިބެއެވެ.

]]>
Sat, 16 May 2026 16:07:56 +0500 ހަވާ
ބަންދުގެ މަގުސަދު ރަގަޅުނަމަ ދަރުމަ އިތުރު ވާނެ https://heerasnews.com/4181 https://heerasnews.com/4181 ދުނިޔޭގައި ވަރަށް ގިނަ ގައުމުތަކުގައި ހަރަދުތައް ކޮންޓްރޯލް ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅައެވެ. ބައެއް ގައުމުތަކުގައި ހަފްތާއަކު 4 ދުވަސް މަސައްކަތު ދުވަހުގެ ގޮތުގައި ކަނޑައަޅައެވެ. އޮފީސްތައް ބަންދުވުމުން ހަރަދު ތަކެއް ސަލާމަތްވެއެވެ. ކަރަންޓު ބިލާއި ފެނާއި އިންޓަރ ނެޓުންނެވެ. އަދި އެ ނޫން ގޮތްގޮތުންވެސް ހިފެހެއްޓޭ ހަރަދުތަކެއް ހުރެއެވެ. 

ދިވެހީން ތަފާތެވެ. ވެރި މީހާ ޗުއްޓީ ހަދާލަން ބޭރަށް ފުރަން ސަރުކާރު ބަންދު ކުރެއެވެ. ބައެއް ކަހަލަ ވާހަކަތަކުގެ ކުރި މަރާލަން ސަރުކާރު ބަންދުކޮށްލައެވެ. އީދު ބަންދާއި ދިމާކޮށް ހައްޖު މަހުގެ ދުވަސްތަކެއް ރޯދަ ހިފާލަން ލިބުމަކީ ނަސީބެކެވެ. ސަރުކާރު ބަންދު ކުރުމުގެ މަގުސަދު ރަގަޅުނަމަ ދަރުމަވެސް އިތުރު ވާނެއެވެ.

އޮފީހުގައި އިނދެ ކުރާނެ ކަމެއް ނެތީވިއްޔާ ބަންދުވެސް ކުރާން ވީއެވެ. އޮފީހުގެ މާހައުލުގެ އުފާވެރިކަމާއި އުޖާލާކަން ނެތީވިއްޔާ ބަންދު ކުރާންވީއެވެ. މަސައްކަތް ތަކެއްގެ ނަތީޖާއިން އާމްދަނީ އުންމީދު ކުރިވަރަށްވުރެ އިތުރު ވެއްޖެ ނަމަވެސް ބަންދުކޮށްލަން ވީއެވެ. މަސައްކަތުގެ އަގު ވަޒަންކޮށްލާ މަސައްކަތްތެރިންނަށް އަރާމު ކޮށްލާނެ ދެތިން ދުވަސް ދިނުމަށެވެ. 

ބަންދު ދުވަސް ވެސް މިލިބެނީ އޮޅުވާލުމަކުން ނޫން ބާވައޭ ހިތަށް އަރައެވެ. މަކަރަކުން ކަމެއް ފޮރުވަނީ ނޫން ބާވައޭ ހިތަށް އަރައެވެ. އިރުއަރާ އޮއްސޭއިރު ރައްޔިތަކު ކުއްވެރިވާނެ އިތުރުކަމެއް ތައާރަފުވެއެވެ. ގައުމުގެ ނިޒާމުތައް ބަދަލުވެފައި ވަނީ ރައްޔިތުން ކުއްވެރިވާ ފަދަ ގޮތަކަށެވެ. ނޫނީ ނިކަމެތިވާނެ އިތުރު ދުވަހަކަށް އިރުއަރާ ގޮތަށެވެ. ދައުލަތުގެ ގިނަ ކަންކަން ހުރީ ރައްޔިތުން ކުއްވެރިވާނެ އިތުރު ގޮތްތައް ތައާރަފުވާނެ ގޮތަށް ތަރުތީބު ވެފައެވެ. އެ މަގު ވަރަށް ސީދަލެވެ.

ރައްޔިތުންގެ ހާލަތު ޗުއްޓީގައި މަޖާކޮށް އުފާކޮށްލާން ނުކުޅެދެއެވެ. އެ ތަނަވަސްކަން ނެތް މިންވަރަށް ދަށެވެ. މި ބަންދުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތައް އެގޭނީ އަނެއްކާވެސް ބިލްތަކަށް ފައިސާ ދައްކަން ޖެހޭ ހިސާބުންނެވެ. މަސްދަޅު ކޭހަކަށް ކަރަންޓު ބިލު ބޮޑުވެއެވެ. ކަދުރު ކިލޯއަކަށް އެހެން ބިލެއް ބޮޑުވެއެވެ. މި ބަންދަށް ބޮޑުވާނީ ޑޮލަރު ނޫން ބާވައެވެ.

]]>
Thu, 14 May 2026 10:05:16 +0500 ހަވާ
ނާޒިމު ވަކިކުރަން އުޅުމަކީ ނުބައެއްގެ ފެށުން https://heerasnews.com/4178 https://heerasnews.com/4178 މަޖިލިސް ނައިބު ރައީސް ވަކިކުރަން ކުރާ މަސައްކަތަކީ ނުބައެއްގެ ފެށުން ކަމަށްވުން ގާތެވެ. ނަމިރާ ނާޒިމަކީ ދިވެހި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ނު މޮށޭ ގުރައެއްފަދަ ބޭކަލެކެވެ. އަމިއްލަ ކަންކަމުގައި މަޑުމައިތިރިކޮށް އުޅޭ ކުރާކަންކަމުގެ ނަތީޖާ ވަރަށް ފުޅާކޮން ދައްކާ ބޭކަލެކެވެ. 

މާޒީގައި ސިޔާސީ އެތައް ބަޔަކު މައިތިރިކޮށް ހަމަބިމަށް ތިރިކޮށްފައިވާ ބޭކަލެއްގެ ގޮތުގައި ނަން މަޝްހޫރު ފަރާތެކެވެ. ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަމުގެ މައުލޫމާތު އެއްކޮށްގެން ހުރި ބޭކަލެކެވެ. ހަނގުރާމަތައް ކުރާއިރު ހަތިޔާރާއި ވަސީލަތާއި އެއްކޮށް، ތަމްރީނާއި ތަރުބިއްޔަތުން ބައިވެރިން ބިނާކޮށް، ތަޖުރިބާއިން ފިލާވަޅު ހޯދުމަކީ ހަނގުރާމަތައް ކާމިޔާބު ކުރުމުގެ އެއް ސިފައެވެ. މިހާރުގެ މަޖިލިސް ނައިބު ރައީސަކީ އަސްކަރީ އުކުޅުތަކުގެ ތިޔަރީގެ މައްޗަށް ކަންކަން ރާވާ ސްޓްރެޓަޖައިޒް ކުރާ ބޭކަލެކެވެ. 

“ބޭހާއި ނުކުޅޭތި ބަޑި” ހަމަ ރަނގަޅަށްވެސް ފިހިދާނެއެވެ. ޔަގީން ކުރައްވާށެވެ. ފިނޑިއަކު ހަމަ ބިމަށް ތިރި ކުރާނެ ހުރިހާ ހަރިތިޔާރަކާއި މައުލޫމާތާއި ހެކި މި ބޭފުޅާގެ އަތުގައި ހުންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫންކަން މާޒީގެ ސަފުހާ ތަކުން ސާފުކޮށް ފެންނާން އެބައޮތެވެ.

“ނުކާށޭ ރަހަބަލާނެންޏާ، އުކާލާފާ ދުރަށް ދަންޏާ. 

ނުކައި ދުރުގައި ނުހުރެވެންޏާ، އުކާނުމެލާށެ ކާނެންޏާ”.  

ފިހިދާނެކަން ގަބޫލުކޮށްގެން ނޫނީ އަތްނުލާތި، އަތްލާން ވާނީ ފިސާރު ކެރިގެން ކަމަށް ގަބޫލު ކުރަން ޖެހެއެވެ. ދިވެހި ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންގެ ވިސްނުމުގެ ތޫނު ފިލިކަން މި ބޭފުޅާގެ މުގާބިލުގައި ހުވަނދަކަށްވެސް ނުވާނެއެވެ. ތަޖުރިބާއިންނާއި އެކިއެކި ހާދިސާތަކުން ރަގަޅަށް ފިލާވަޅު ލިބިފައިހުންނަ ފަރާތްތަކާއި ކުޅޭއިރު ތަވާ މަތި ހޫނު ވާނެކަން ގަބޫލު ކުރަން ވާނެއެވެ.

]]>
Wed, 13 May 2026 15:17:47 +0500 ހަވާ
ވެރިކަން ހުދުމުހުތާރު ނުކޮށް ހަޑިމުޑުދާރު ނުކޮށް އަވަހަށް އިސްތިއުފާދީ! https://heerasnews.com/4170 https://heerasnews.com/4170 ޑރ. މުއިއްޒު އަމިއްލައަށް އެދިގެން ލިބުނު ވެރިކަމެއް ކަމުގައި ބުނެވެނީ، އެއްވެސް އިތުރު ފަރާތެއްގެ މަޖުބޫރު ކަމަކާއި ނުލާ އެތަކެއް ވައުދަކާއި އަހުދެއް ވެގެން ވެރިކަން ހޯދީމައެވެ. އިސްލާމީ ޝަރީއަތާއި، ގާނޫނު އަސާސީއާއި ގާނޫނު ތަކާއި އެއްގޮތަށް ދުނިޔޭގެ ތަހުޒީބު މުޖުތަމައު ތަކުގައި ވެރިކަން ކޮށްދޭނެ ކަމަށް ރައްޔިތުންނަށް ޔަގީންކަން ދިނީމައެވެ.

ޑރ. މުއިއްޒު ހުރީ އިސްލާމީ ޝަރީއަތާއި، ގާނޫނު އަސާސީއާއި ގާނޫނު ތަކާއި އެއްގޮތަށް ރައްޔުތުންގެ ހައްގުތައް ރައްކާތެރިކޮށްދޭން މާތްރަސްކަލާނގެ ގަންދީ ހުވާ ކޮށްގެންނެވެ. ހުވާކޮށްގެން ހުރެ ކުރާ ވެރިކަމުގެ ހުރިހާ ބުރަޔާއި ޒިންމާ އުފުލާން ޖެހެއެވެ. ސަރުކާރާއި ތިމާކުރާ ލަދުހުތުރު ކަންކަމާއި ގައިރު ގާނޫނީ ކަންކަމާ ޒިންމާވާންވެސް ޖެހެއެވެ. އެހެން ނަމަވެސް ހުވާކުރި ގޮތްނޫން ގޮތަށް މުއިއްޒު  ވެރިކަން ކުރަނީ ދިވެހި ދުސްތޫރާއި ހިލާފަށެވެ. އެހެންކަމުން ދިވެހިރާއްޖެއާއި ދިވެހީންގެ މަސަލަހަތަށްޓަކާ މުއިއްޒު ވެރިކަމުން ދުރުވާން ޖެހެއެވެ. 

ނިކަން ބުނެ ބަލާށެވެ. ހެޔޮލަފާ މީހުންނާއި ކަމަށް ގާބިލު، ކަމުގެ ތަޖުރިބާ ހުރި މީހުނާއި ގައުމުގެ އަސްލުތައް ގެއްލުވާނުލާނެ ފަދަ ބޭފުޅުން ވަޒީރުންނާއި، ފަނޑިޔާރުންނަށާއި، ލަފާ އަރުވާ މީހުންގެ ގޮތުގައި ކަނޑަ ނުއަޅުއްވަނީ ކީއްވެތޯއެވެ. ރަސްކަމެއް ކުރުމުގެ ޝައުގެއް ގެންގުޅުއްވަނީ ތޯއެވެ. ނުރަނގަޅު ލަފާގެ ބަދަލުގައި ނުލަފާދޭފަދަ މީހުން ގާތްކޮށް އެވެރީންގެ އިރުޝާދާއި ނުލަފާ ގަބޫލު ކުރުމުން ބޭޒާރުވެ، ލަދުވެތިކަމަށް ހުށައެޅެނީ އަމިއްލަ ފުޅަކަށް ނޫންތޯއެވެ. ބައެއް ހާލަތުގައި އެއްޗެއް ވިދާޅު ނުވުމަކީވެސް ޒިންމާދާރު ކަމެކެވެ. ޒިންމާއެކެވެ. ތިމާއާއި ތިމާގެ ވަށައިގެން އުޅޭ އެންމެންގެ ހައްގުގައެވެ. މަސްލަހަތަށްޓަކާ ވެރިކަމުން އިސްތިއުފާ ދިނުން ހެޔޮވެގެން ވެގެން ވެއެވެ. 

ގައުމެއްގެ އެންމެ އިސް މަގާމު ލިބުމަކީ ޒިންމާއެކެވެ. ޝަރަފެކެވެ. ނަމަވެސް އެ ޒިންމާ އުފުލާން ނުކުޅެދުމަކީ ލަދުވެތި ކަމެކެވެ. ހިޔާނާތެކެވެ. އެހެނީ މަގާމާއި ހަވާލުވީ ރައްޔިތުން ގާތު ރޮއި އާދޭސް ކޮށްގެން ކަމަށްވާތީއެވެ. އެ އާދޭސްތަކާއި ރުއިން އެއީ މަކަރެއް ކަމުގައި ވީނަމަވެސް މަގާމުގެ ޒިންމާ އަކީ އަމާނާތެކެވެ. ހެޔޮ ގޮތުގައި އަދާ ނުކުރާނަމަ އެ އަމާނާތަށް ހިޔާނާތްތެރި ވެވުނީއެވެ. އަވަހަށް އިސްތުއުފާ ދޭށެވެ.

ދިވެހީން ވެރިއަކަށް ހޮވަނީ ކަލިގިއުލާ އެއް ނޫނެވެ. ޖޫލިއަސް ސީޒަރ އެއްވެސް ނޫނެވެ. އެ މީހުންގެ ވެރިކަމުގެ ކިއްލާތެރޭގައި ކުރި ހުރިހާ ކަމެއް ކުރީ ފިސާރި ކެރިގެން ފާޅުގައެވެ. ދިވެހި ވެރިންނަކީ އެމަގުން ވެރިކަން ހިންގަން ރައްޔިތުން އިސްކުރާ ބައެއް ނޫނެވެ. ވެރިކަމަށް އިސްކުރި މަގުސަދު އޮޅިގެން ނޫޅެ އަވަހަށް އިސްތިއުފާދޭށެވެ. 

ސުވާލު އުފެދެނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަން ނުކެރިގެން އުޅެނީ ކީތްވެގެންކަން ރައްޔިތުންނަށް ނޭގޭތީއެވެ. ވެރިކަމަށް އަރަމުންނާއި ވެރިކަމުގައި ހުރެ ވީވައުދު ތައް ނުފުއްދާނަމަ އެކަމާއި މެދު ސުވާލު ކުރެވޭނެއެވެ. މުނާފިގަކަށް ނުވެވޭނެއެވެ. ކިތަންމެ ބާރުވެރިއަސް ދުނިޔޭގައި ރައްޔިތުން ބަލާނެއެވެ. އަދި އާހިރަތުގައި ސުވާލު ކުރެވޭނެއެވެ. 

ފަހެ، " ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދި ޒައްރެއްގެ މިންވަރުވިޔަސް، ނުބައި ކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ” (ޒަލްޒަލާ ސޫރަތުގެ 7،8 ވަނަ އާޔަތް). އެ ކަލާނގެއަށް ވަންހަނާވެ ސިއްރުން  އެއްކަމެއްވެސް ނުކުރެވޭނެއެވެ. ވެރިކަމުގައި މިއަދު ހުރި ފަރާތާއި އާހިރަތް ދުވަހު ސުވާލު ވެވޭހިނދު ވަށައިގެން ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންނާއި ޕާޓީ ކުދިންކޮޅަށް ގޮސް މަގުމަތީގައި ނުތިބެވޭނެއެވެ. ކޯޓު އަމުރެއް ބޭނުމެއް ނުވާނެއެވެ. ވާދަވެރި ބަޔަކު ބޭނުމެއް ނުވާނެއެވެ. ހެޔޮނުވާނެއެވެ. ބިރުވެތިވެ އަވަހަށް އިސްތިއުފާ ދޭށެވެ. 

ފާސިގުންނާއި ދޮގުވެރި މަކަރުވެރިން ނޫން މީހުންނަށް އިހުތިރާމް ކުރުމަކީ އެންމެންވެސް ކުރާ ހިތްވާނެ ކަމަކެވެ. އެ ފަދަ މީހުންނަކީ ނަސީބު ވެރިންނެވެ. ދުނިޔެއާއި އާހިރަތުގައެވެ. އެ މީހުންނަށް ރައްޔިތުންވެސް އިހުތިރާމް ކުރާނެއެވެ. ވައުދަށް ކަމޭ ހިތާ މީހުންނަށް އޮޅުވާނުލާ އަޅުވެތި ނަޒާހަތްތެރިން އިހުތިރާމް ދޭން މަޖުބޫރު ކުރާކަށް ނުޖެހޭނެއެވެ. ވައުދަށް ކަމޭ ހިތާ ތެދުބުނާ، އަމާނާތްތެރިބައެއް ކަމުގައި  އަހަރެމެންނާއި އަހަރެމެންގެ ވެރީން ވުމަށް އެންމެން އެދެއެވެ. ރައްޔިތުން އެދެނީ ވެރިކަން ހުދުމުހުތާރު ނުކޮށް ހަޑިމުޑުދާރު ނުކޮށް އަވަހަށް އިސްތިއުފާ ދިނުމަށެވެ.

]]>
Tue, 12 May 2026 11:59:34 +0500 ހަވާ
ބްރޯ ތީތި ކަޑަ! ގަދަކަން ދެއްކޭނީ ވެއްޓެންދެން! https://heerasnews.com/4169 https://heerasnews.com/4169 މިހިނގާ އަހަރު ދެކުނު އޭޝިއާގައި އެންމެ ބާރަށް އިވޭ އެއްވާހަކައަކީ ޕްރައިމިނިސްޓަރ މޯޑީ އާއި އެ ގައުމުގައި ބާއްވާ ގިނަ އިންތިހާބުތަކާއި ބީރަށްޓެހި ވާހަކައެވެ. އެކިއެކި ސްޓޭޓް ތަކުން ވެރިކަން ކުރާ ކޯލިޝަނަށް ނާކާމިޔާބު ވާ ވާހަކައެވެ. ލޯކް ޝަބާގައި އިވެނީ ހިންގުމުގެ ނިޒާމްގެ ދޯހަޅި ވާހަކައެވެ. ކުރު ދޮށީގައި މޯޑީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔާއަޑެވެ.

ދިވެހިރާއްޖޭގެ ހަގީގަތްވެސް ފެންނަނީ ވަރަށް ތިމާގެ ގޮތަކަށެވެ. ރިޔާސީ އިންތިހާބުގައި ނެގި ވޯޓަށްވުރެ ރަނަގަޅު ނަތީޖާއެއް މަޖިލިސް އިންތިހާބުގައި ދެއްކިއެވެ. ނަމަވެސް ލޯކަލް ކައުންސިލް ތަފާތު ބޮޑުކޮށް ރާއްޖޭގެ ސަރުކާރު ކޯލިޝަން ނިކަމެތިވި މަންޒަރު ފެނުނެވެ. ވަކިން ހާއްސަ ކޮށް ދައުރުގެ މެދަށް ވާގޮތަށް ނެގުނު ރެފަރެންޑަމުން ސަރުކާރުގެ ސައިޒު ފެނުނެވެ. ކިރިޔަ ކިރިޔާ %30 ހަމަ ވުމަކީ ސަރުކާރުގެ ސިޔާސަތު ތަކަށް ރައްޔިތުން ރަތުން ދިން އިންޒާރެކެވެ. ދުނިޔޭގެ އެންމެ ބާރުވެރި އެއްގައުމުންވެސް ފެންނަމުންދާ ޒާތުގެ މަންޒަރު ތަކެކެވެ. 

ދިވެހިރާއްޖެ އަކީ ސުލްހަވެރިކަން އިހްތިޔާރު ކުރާ ކިޔަމަންތެރި ބަޔަކު ދިރިއުޅޭ ގައުމެކެވެ. މިއަދު ރާއްޖޭގެ ގިނަ ރައްޔިތުންތިބީ ފުދި އުފަލަކުންނޫނެވެ. 2023 ނޮވެމްބަރ 17 ވަނަ ދުވަހުން ފެށިގެން ރައްޔިތުން އުޅެނީ އުޅެން ވީ ގޮތް އޮޅިގެންނެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވީ ވައުދުތަކާއި 2024 ވަނައަހަރު މަޖިލިސްގެ މެޖޯރިޓީ ހޯދަން ދެއްކި ވާހަކަތަކުން ރައްޔިތަކަށް ނުވާނެ އެއްކަމެއްވެސް ނެތެވެ.

މަޖިލިސް އިންތިހާބު ނިމުނު ހިސާބުން ރައްޔިތުންވީ ދޮންދަރިންނަށެވެ. އެތަށް ދުވަހެއްގެ މަސައްކަތުން ބިނާ ކުރި ވިޔަފާރި ހުލިވެއްޖެއެވެ. ބައްޔެއް ވެގެން ޑޮކްޓަރަށް ދެއްކޭނެ ފަދަވެސް ނެތެވެ. ޑޮކްޓަރަށް ހާލުން ކިއުގައިޖެހިގެން މަސްތަކެއް ފަހުން ޑޮކްޓަރަށް ދައްކައިފީމު ބޭހެއް ނުލިބެއެވެ. “ތިޔަ ބޭސް އާސަންދަ ކަވަރ ނުކުރެއެވެ”. “މި ބޭސް ވަނީ މިވަގުތު ރާއްޖޭން ހުސްވެފައެވެ”. ބޭސް ކޮންމެހެން ބޭނުންނަމަ ޖެހެނީ ފައިސާ ދީގެން ބޭސް ގަންނަން ނުވަތަ ބޭރަށް ދަތުރު ކުރާ މީހަކުއަތަށް ބޭސް ސިޓީ ދީފައި ޑޮލަރު ކޮޅެއް ދޭށެވެ. ޑޮލަރެއްގެ އަގު -/20ރ އިން މަތިވެއްޖެއެވެ. 2023 ވަނަ އަހަރުގެ ކުރިން ފަސޭހަ ކަމާއި އެކު ލިބެމުން ދިޔަ ބޭހާއި އިންޖެކްޝަން މިހާރަކު ނުލިބެއެވެ. 

2026 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ދައުލަތް ހިންގަން ތިބި މީހުން ރާއްޖޭގެ ހުރިހާ ކަމެއްވެސް މާނަ ކުރަނީ ރަސްކަންތަކުގައި ކަންކަން މާނަ ކުރާ ގޮތަށެވެ. ނުރުހޭނަމަ ތެޔޮ ހަމެކެވެ. ރުހޭ ނަމަ ސިޓީ އުރައެކެވެ. ރައްޔިތުންތިބީ މިހާލަތުން އަރައިގަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އިހުތިޖާޖަށް ކަމަކާއި ނިކުމެއްޖެ ނަމަ ކޯޓު އަމުރަކުން މަނާ ކުރަނީ އެވެ. ވެރިން އުޅެނީ ހަވާނަފުސަށް ހެއްލި ގެއްލި ގޮސް ހުސް ވެގެންނެވެ.

ރައްޔިތުންގެ ތެރެއިން ގިނަ މީހުން ބުނަނީ "މަރައިފިއެވެ. ކަޑައެވެ." މިތިބީ 2028 ގެ އިންތިޒާރުގައި ކުޅި ދައްކާލަން ތައްޔާރުވެގެން ކަމަށެވެ. ހުދުމުހުތާރު ވެރިން ބައެއް ރައްޔިތުންނަށް އޮޅުވާލައިގެން ވެއްޓެންދެން އުޅެވިދާނެއެވެ. ހުރިހާ ރައްޔިތުން ދުވަސް ކޮޅަކަށް އޮޅުވާލައިގެން ގެންގުޅެވިދާނެއެވެ. އެކަމަކު ހުރިހާ ރައްޔިތުންނަކަށް އަބަދަކު އޮޅުވައެއް ނުލެވޭނެއެވެ. މުޅި ދުނިޔެއިންވެސް ފެންނަނީ އެއް މަންޒަރެކެވެ. އަބަދު އެންމެންނަށް އޮޅުވާލައިގެން ނުގެންގުޅެވޭނެކަމެވެ.

]]>
Mon, 11 May 2026 19:29:30 +0500 ހަވާ
އެކަނިވެރި މައިން ޝިކާރަކުރާ ވަހުޝީ ވެރިއެއްގެ އަބުރެއް ނުއޮންނާނެ! https://heerasnews.com/4161 https://heerasnews.com/4161 މިއުޅެނީ ވިޔާނުދާ އަމަލުތަކެއް ހިންގި ކަމަށް ބުނާ އަންހެނަކު ދިފާއު ކުރާކަށް ނޫނެވެ. އޭނާ ކުރިކަމަށް ބުނާ ކަންކަން ރަގަޅީކީ ވެސް ނޫނެވެ. ކަންބޮޑުވެގެން މިއުޅެނީ ނާއިންސާފުން މީހަކަށް ހައްގު ނޫން އަދަބެއް ދައުލަތުގެ ބާރު ބޭނުން ކޮށްގެން ދޭން ނިންމާ ހުކުމް ލިޔުނު ކަމަށް ބުނާތީއެވެ. “ހައްދު ޖަހާނަން، ޖަލަށް ވެސް ލާނަން” މި ބަސްތައް ތަކުރާރުކޮށް ތުންތުން މަތިން އިވޭތީއެވެ. މިހާވަރަށް ކަންބޮޑުވުން ފާޅުކުރަނީ ކުރީންވެސް ރައީސް އޮފީސް ތެރޭގައި ހިނގާ ދިޔަ ޖިންސީ ފުރައްސާރައެއްގެ މައްސަލައެއް ނުބަލާ ދައުލަތުގެ ބާރުވެރިންތަކެއް ނުފޫޒުން މައްސަލަ އޮއްބާލިގޮތަށް މިފަހަރުގެ މައްސަލަވެސް އޮއްބާލަފާނެތީއެވެ. 

ކުރިއަށްދާ އެލްސޯފާ ތަހުގީގުގައިވެސް ރައީސް މުއިއްޒަށް ހުތުރުވާނެ އެއްވެސް ވާހަކައެއް ދެއްކުން މަނާ ކޮށްފައިކަން ވަކީލުންގެ ބަހުން ދޭހަވެއެވެ. ފުލުހުން ތަހުގީގު ކުރިއަށް ގެންދާ ގޮތުން އެކަން މާރަނގަޅަށް ވެސް ސާފުވެއެވެ. ދައުލަތުން ބޭނުންވާނެ މިންވަރަށް ބަޔާން ނަގާ މައްސަލަ އަވަސް އަރުވާލާފައި ކޯޓަށް ފޮނުވާ ފާސްޓް ޓްރެކްގައި މައްސަލައިގެ ހުކުމް ޖެހުމަކީ ދައުލަތުގެ ރޭވުންކަމަށް ސަރުކާރަށް ތާއީދު ކުރާ މީހުންނާއި ހަވާލާދީ ބައެއް ފަރާތްތަކުން ބުނެއެވެ. އެކަމަކު ބުނަންހެއްޔެވެ. އެކަނިވެރި މައިން ޝިކާރަކުރާ ވަހުޝީ ވެރިއެއްގެ އަބުރެއް ނުއޮންނާނެއެވެ.

މުޅި މައްސަލަ އޮތްގޮތުން މި ހާލަތު ކޮންޓްރޯލް ކުރެވޭނެ ހަމަ އެކަނި ގޮތަކީ ސިޔާސީ ނުފޫޒެއް އިދިކޮޅުން މިކަމުގެ ތެރެއަށް ވެއްދުމެވެ. އެކަމުގައި އަންހެން ކުއްޖާ ވަކި ރަގަޅީއެއް ނޫނެވެ. ގޯހެވެ. ހާމަ ކުރަން ނުޖެހޭ ޒާތުގެ ވާހަކަތައް ގިނައެވެ. އެހެނަސް ހާމަ ނުކުރިނަމަ އަދި މާގޯސް ވީހެވެ.

ފާޅުކަން ބޮޑު ގޮތެއްގައި އެ ވާހަކަތައް ނުދެއްކި ނަމަ އެ އަންހެން ކުއްޖާ މިހާރު އިންނާނީ ޖަލުގެ ތޭރިތަކުގެ ބިއްދޮށުގައެވެ. ޝިކާރަވެރިޔާ ހުންނާނީ ދައުލަތުގެ ހިމާޔަތުގައެވެ. މި ހާލަތުގައި އަންހެން ކުއްޖާއަށް ރައްކައު ތެރިކަން ނުދީފިނަމަ އެ ކުއްޖާގެ އާއިލާއިން އެ ކުއްޖާ ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް ބަލަން ޖެހެއެވެ.

ބާރުހުރި މަގާމުތަކާއި ގައުމުތަކުގެ ވެރިކަމުގައި ތިބޭ މީސްމީހުން ހިންގާ ޖަރީމާތަޢް އެނގޭ މީހުންނާއި އެކަންކަމުގައި ބައިވެރިވާ މީހުން އެކަންކަން ސިއްރުކޮށްގެން ތިއްބާ ވާނުވާ ނޭނގި ގެއްލުމާއި މަރުވުމަކީ މަދެއްކޮށް ހިނގާފައި ހުރި ކަންކަމެއް ނޫނެވެ. ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުމަކީ ރާއްޖޭގައިވެސް ނުހިނގާ ކަންކަމެއް ނޫނެވެ. ކިތަންމެ ގަލެއް ފޮރޮޅިޔަސް އެކަންކަމުގެ ހަގީގަތެއް ނުހޯދެއެވެ.

ހަނދާން ނެތޭހާ ދުވަހެއް އަދިނުވެއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ރިޔާސީ ގަނޑުވަރުގައި ސްޓޭޓް މިނިސްޓަރކަން ދެއްވައިގެން މާ އިތުބާރު ކުރައްވާ ކަނބަލަކު ގެންގުޅުއްވިއެވެ، ދުވަސްކޮޅަކުން ފެނުނީ އެ ކަމަނާ ރިޔާސީ ގަނޑުވަރުން ވަކިކުރައްވާ ވުޒާރާއަކަށް ބަދަލުކުރެއްވި ތަނެވެ. ގިނަ ދުވަސްތަކެއް ނުވެ ފެނިގެން ދިޔައީ ރަޢީސާ ގާތްވާން ސިހުރު ހެދުމުގެ ކުށުގައި އެއްކަލަ ސްޓޭޓް މިނިސްޓަރ ކަމަނާ ޖަލުގައި ހައްޔަރުކުރެވުނު ތަނެވެ. ތުއްތު ދަރިފުޅަށް ބުއްދޭންވެސް ފުރުސަތު ނުދޭވަރުގެ ނުރައްކާތެރި ކުށްވެރިއަކަށް ހެދިތަނެވެ. އާހިރުގައި އެކަން ވެސް ނިމިގެން ދިޔައީ ވާރު އޮޑިންނެވެ.

އެލްސޯފާ މައްސަލަ ފާޅުކޮށް ހާމަކުރުމުން ނޫނީ ރައްކާތެރިކަމެއް ނެތްކަން ޔަގީންވުމުން އަކުރުން އަކުރަން ހާމަކުރުން ނޫންގޮތެއް ހަގީގަތުގައިވެސް ނުއޮންނާނެއެވެ. އައްޔާޝީ ވެރިއެއްގެ ޝިކާރައަކަށް ވެފައިވާ އަންހެނަކަސް ފިރިހެނަކަސް ކިރިޔާވެސް ސަލާމަތެއް އޮންނާނީ އެކަމެއް ހިނގިގޮތަކަށް ތެދުބަހުން އާއްމުކުރުމެވެ. "ނޯ ޗޮއިސް" ގައި އެއީ އެކަން ކުރަންޖެހޭ ގޮތެވެ. ހުޅުވާލެވިފައިވާ އަދުލުވެރި ތަހުގީގެއް ހިންގާ ވެރިންނާ ދެކޮޅަށް އިންސާފެއް ނުލިބޭނެއެވެ. އެކަމަކު ހައްގަކީ ހަމައެކަނި ބާރުގައި ތިބޭ ބައަކަށް އޮތް އެއްޗެއް ނޫނެވެ. ތަފާތުކުރުމެއް ނެތި ނިކަމެތިންނަށް ފޯރުވާ ނުދެވޭ ހައްގެއްގެ ބޭނުމެއް ނެތެވެ.

]]>
Sun, 10 May 2026 10:36:37 +0500 ހަވާ
އަނބިމީހާ މައިމީހާއަށް ބަދަލުވެގަތުމުން ކަޅުދިގަކަސް ގޯސްހެދޭނެ. https://heerasnews.com/4158 https://heerasnews.com/4158 އަނބިރީތީ ހެވިއްޔާއެވެ. އަނބިމީހާއަކީ މުސީބާތަކަށް ވަންޏާ ހިތްހަމަ ޖައްސާލަން އެހެނިހެން ގޮތްގޮތް ހިޔާރު ކުރާނެއެވެ. ކޮންމެ ފަހަރަކު ކުއްވެރި ވާންވީ ފިރިމީހާ އެކަންޏެއް ނޫނެވެ.

ވަރަށް ގިނަ ފަހަރު ކައިވެންޏަށް ދުވަސްކޮޅެއް ވާތަނުން އަނބި މީހާ ބަދަލު ވަނީ އަމަޔަކަށެވެ. އިންސާނީ ތަބިއްޔަތުގައި ވައު ޖެހިގެން އުޅުމަކަށް ބުއްދި ގަބޫލެއް ނުކުރާނެއެވެ. “ ކޮންތާކު، ކާކު ކައިރިން، ކީއްކުރަން، ކިހާ އިރެއް، އެއީ ކާކު، ކޮންވާހަކައެއް…” މި ސުވާލުތަކަކީ ފިރިޔަކަށް އަބަދު ޖަވާބުދޭން ފަސޭހަ ސުވާލު ތަކެއް ނޫނެވެ.

ލަވައެއް ޖަހާތަނުން “ކުއްޖަކު ރީތި ވީތަ؟”، ސެންޓު ޖަހާ އިރަށް “ކާކަށް ވަސް ދުއްވަން؟” މިއީ ކަސްތަޅު އެޅުމުގެ ކޮޅުމައްޗެވެ. ފަހަރެއްގައިވެސް އެންމެން އުޅޭ ގޮތަކީ އެއް ނޫނެވެ. އިނގިރޭސި ބަހުގައި ބުނާ “އޯވަރ ޕްރޮޓެކްޝަން” މިއީ ކައިވެނިތައް ރޫޅުމާއި ވަގު އަނބިން ހޯދަން ބައެއް ފިރިހެނުންނަށް މަޖުބޫރުވާ ކަމެކެވެ. 

ޝައްކު ބަލި، މިއީ ހައްލު ކުރަން އުނދަގޫ ބައްޔެކެވެ. އަންހެން ވެރިންގެ ޒާތީ ކަންކަން ހުންނަ ފަދައިން ފިރިހެނުންގެ ވެސް ޒާތީ ކަންކަން ހުންނާނެއެވެ. ކައިވެނިން ގުޅިފައިވާ ދެމަފިރިއަކު ކަމުގައި ވިއަސް މެއެވެ. އެ އިހުތިރާމާއި ފިރިމީހާގެ ހައްގު ދަރަޖަ ނުދޭނަމަ ފިރިންވެސް ގޯސް ހަދާ ފާނެއެވެ.

ފަހަރެއްގައިވެސް ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ އާއިޝާ ޑްރާމާއާއި ގުޅުވަނީ ކީ ނޫނެވެ. ނަމަވެސް އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކުން ކަނޑައެޅިގެން އާއިޝާގެ ޑްރާމާއާއި އެކަހެރި ކުރަނީކީވެސް ނޫނެވެ. ފިރިއަކު ގަބޫލު ނޫން ލަދުގަންނަ ފަދަ މަންޒަރުތައް މަދުންނަމަވެސް ފެނެއެވެ. 

ހިތް އުފާ ކޮށްލުމާއި ސްޓްރެސް ފްރީ ކޮށްލުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. ރާއްޖޭގައި ޑިޕްރެޝަނަށް ދާ ފިރިންވެސް އުޅެއެވެ. ބައެއް މީހުން ހިތްހަމަޖައްސާލަނީ ހިލޭ އަންހެނެއްގެ ގާތުން ލިބޭ އޯގާތެރިކަމަކުންނެވެ. ލޯބިން އުނގުޅާލަދޭ ތެޔޮ ކޮޅަކުންނެވެ. ބޮލުގައި ފިރުމާލާ ފިރުމާލުމުންނެވެ. ހިނިތުންވުމާއި އެކު ބުނެލާ ވާހަކައަކުންނެވެ.

އުމުރުން ޅަ ކުދިން ދޮށީ އުމުރުގެ މީހަކަށް ވުރެ ރަގަޅަށް އަޅާލުން ގެންގުޅެނީ ކަމަށްވެސް ވެދާނެއެވެ. ދަރިއެއްގެ އުމުރަށް ވުރެ ހަގަސް ލޯބިން ކޮށްދޭ އެންމެ ކަމެއްވެސް މޫނު ހަދާފައި ކުރާ ހާސް ކަންކަމަށް ވުރެ ހަނދާނުގައި ހަރުލާނެއެވެ. ޒުވާން އުމުރުގައި ކަސްތަޅު އެޅިފައިވީވުން ބާރުވެރި މަގާމަކަށް ނުވަތަ ތަނަވަސް ކަމެއް ލިބުމުން ފުއްދާލަނީ ނޫންބާވައެވެ. ކަޅު ދިގަސް، ދޮން ކުރަސް،   އިންސާނީ ތަބިއްޔަތުގައި ހިތްހަމަ ޖައްސާލުމަކީ ކޮންމެ މީހެއްގެވެސް ހުވަފެނެކެވެ.

]]>
Sat, 09 May 2026 12:21:51 +0500 ހަވާ
ފުރަތަމަ ކަމަނާ 2.0 ގެ އިންތިޒާރުގައި. https://heerasnews.com/4156 https://heerasnews.com/4156 އެމާ އެއްލާލެވޭކަށް ނެތް، މިމާ ވެސް ނުބިނދެވާކަށް ނެތް،

ދެމާ އެކުގައި ލިބޭކަށް ނެތް، ދިމާގު ސަމާލުވެވޭކަށް ނެތް. 

އައު ހަޔާތެއް ފަށަން، ބޭނުން ނުވާނީ ކޮން އެކަނިވެރި މައެއްތޯއެވެ. ހަޔާތަށް ތަނަވަސް ބާރުގަދަ މީހަކު ހޯދަން ބޭނުންނުވާނީ އުމުރުން ދޮށި ވަމުންދާ ކޮން ކަނބަލެއްތޯއެވެ.

އެކަނިވެރިކަން އިހުސާސް ކުރަމުންދާ ބައެއް ކަނބަލުންނަކީ ބާރުވެރި ކޮންމެވެސް މީހެއްގެ ޝިކާރަކަށް ވުމުގެ ފުރުސަތު ބޮޑު ބައެއްކަން ދިވެހި ސަގާފާތުގެ ތެރެއިން ފެނިގެން ދެއެވެ. މަސައްކަތް ކުރާ މާހައުލުގައި ހަރަކާތްތެރިވާ ކަނަބަލުންނަށް ވެރީންގެ ނަޒަރު ހުއްޓި ޝިކާރައަކަށް ވުމަކީ ޒަމާނުންސުރެ ހަމައެކަނި ދިވެހިންގެ ތެރެއިން ނޫނަސް ފެންނަމުންދާ މަންޒަރެކެވެ. އެކަނިވެރި ހަޔާތަށާއި ދަރީންނާއި އާއިލާއަށް އުލުޖާލާކަމެއް ގެނައުމުގެ އުންމީދުގައެވެ. 

ދައުލަތެއްގެ އެންމެ މަތީވެރިޔާގެ ޖާރިޔާ އަކަށްވާން ނުވަތަ ހަޔާތުގެ ބައިވެރިއަކަށްވާން ބޭނުން ނުވާނެ ކަނަބަލުން ތިބޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެހެންނަމަވެސް ކެހިވެރި ވެރިއެއް ޖަހާ މަޅިއަށް ފެެތޭނެ ނިސްބަތް އިތުރުވުމަކީ ހައިރާން ކުރުވަނިވި ކަމެއް ނޫނެވެ. ބޮޑެތި އަގުބޮޑު ހަދިޔާތަކާއި، ހަރަދު ކޮށްލާނެ ފައިސާ އެފަދަ ފަރާތަކުން ދެވޭނެ މިންވަރަށް އެހެން މީހަކަށް ނުދެވިދާނެއެވެ. ހުންނާނެ ތަނެއް ހޯދާ ދިނުމާއި ހައްސާނަކު މެދުވެރިކޮށް ފޮނުވި ސިޓީ އުރަތައް ބަރާބަރަށް ރައްދުވެއެވެ. އަބަދު ކުރިމަތީން ފެންނާނެހެން ވެރިޔާގެ އޮފީހުން ވަޒީފާ ކޮންމެ ކޮންމެ މީހަކަށް ނުވެސް ދެވޭނެއެވެ. އެހެން ނަމަވެސް އެކަން ކުރެވޭނެ ފެންވަރުގެ މީހުންވެސް ތިބޭނެއެވެ. 

ދިވެހީންގެ އާންމު ކޮއްތެއްގެ ގޮތުގައި މަޝްހޫރީ ކަޅުބިލަ މަހެވެ. އެމަސް ބާނަނީ ހުސްބުޅީގައެވެ. އެހެން ގޮތަކަށް ބުނާނަމަ މަކަރާއި ހީލަތުންނެވެ. އެ މަކަރުވެރިކަން ދިވެހީންގެ ތެރޭގައި ހުރުމަކީ ދުރުކަމެއް ނޫނެވެ. އަދި އެ މަސްކާ އާބާދީއެއްގައި ކޮންމެވެސް ވަރަކަށް މާދުރަށް ނުވިސްނާ މީހުންވެސް ތިބުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ މީހުން ބުއްދިވެރީންގެ ޝިކާރަވެރިންނަށް ވެއެވެ. ބައެއް މައްސަލަތައް ބަލާ އިރު ދައުލަތުން ފޮނުވާ ސްޓޭޓް އެޓާނީންނާއި ގާތް ގުޅުންތަކެއް އުފައްދައެވެ. އަދި ބާރުވެރިކަން ލިބުމުން ދެވަނަ އަންބަކަަށް ވެސް ހަދައެވެ. މުސްހަފުން އާޔަތްތައް ކިޔާފައި ބޮނަކުއާ ފެން ފުޅިއަކަށް ރުގްޔާ ކުރެއެވެ. ގޮވައިގެން އެކަހެރި ތަންތަނަށްވެސް ވަދެއެވެ. އަރަބިބަސް ދަންނާތީ ސަލާމަތްވާނެ ގޮތުގެ ޝޯޓުކަޓު ދަސްވެފައި އޮތީ ކަމަށް ވެދާނެއެވެ. ދީނީ އިލްމުވެރިންނަކީ މަގުދައްކާދޭން ތިބޭ ބައެކެވެ. ގޯސްތައް ފޮރުވާ ފަރުދާ ކުރަން ތިބޭ ބައެއް ނޫނެވެ. ހުކުރު ހުތުބާގައި ގައުމު ހިންގަން ތިބި ވެރީންނަށް ދުއާކުރުން މިހާލަތުގައިވެސް ހުއްދަތޯ އަހާލަން މީހަކު ބުންޏެވެ. 

މިއީ އާދައިގެ ލެވެލްއެވެ. ނަމަވެސް އެކަކަށް ވުރެ ގިނަ މީހުންނާއި އިނދެލައިގެން ދުނިޔޭގެ އުފާ ހޯދާލަން ބޭނުންވާ މީހުން މަދެއް ނޫނެވެ. ވެރީންގެ ފެންވަރުގައާއި ދީނީ އިލްމުވެރީންގެ ތެރޭގައި މިއީ އާންމު ކަމެކެވެ. ބަރާބަރަށް ރަނުން ރަނަށް ހަމަހަމަކޮށް ކަންކަން ފުއްދާދޭތޯ އެއީ ކުރެވޭ ސުވާލެކެވެ. ބައެއް މީހުންނަށް ނުކެރެނީއެވެ. ފޫކަހާފައި އިތުރު މީހަކާއި އިންނަތަނުން ދޮށީ އަނބި ފޫކަހާފައިދަނީ ކޯޓަށެވެ. ދިވެހިރާއްޖެއަކީ ވަރީގެ ރެކޯޑު އޮތް ގައުމެކެވެ. ޝުކުރިއްޔާއެވެ. 

ފުރަތަމަ އަންހެނާއަށް ފުއްދަދޭނެ ކަމަށް ވީ ވައުދާއި އަތާއަތާއި ޖެހުމުން އޮޅުނީއެވެ. އުޅުނީ ލޯބިން ކަމަށް ހީވީއެވެ. “ލޯބިވާއެވެ. އަޅުގަނޑަކަށް ޖާރިޔާއަކަށް ވެގެނެއް ނޫޅެވޭނެއެވެ. އަޅުގަނޑު ބޭނުމިއްޔާ އަޅުގަނޑާއި އިންނާށެވެ”. ފުރަތަމަ އަންހެނާ 2.0 ނުވީ ހަމަ ކިރިޔާއެވެ. 1.0 އަށް އެނގި ފަޅާއެރި ހިސާބުން ފޯނުން ބުލޮކް ކޮށް ޗެޓުލޮގް ޑިލީޓު ކޮށްލީއެވެ. ގޮތެއް ހޯދުމަށް އެ އެކަނިވެރި އަންހެނާ އިތުރު މީހަކާއި ހިތާވެގެންވެސް ނޫޅެވުމެވެ. “ ނަން- ތިޔަކަން ހުއްޓާލާ، އެއީ އަހަރެންގެ ކަމެއް، އަހަންނާ ދޭތެރޭ ކޮންމެވެސް ވަރަކަށް ވިސްނާލާ” މި ފަދަ މެސެޖު ދެތިން މީހަކަށް ދިޔަކަމަށް ބުނާ މީހުން އެބައުޅެއެވެ. 

މަސައްކަތުގެ މާހައުލުގައި ރައްކައުތެރިކަން ނެތިގެން ކޮންމެ އޮފީހެއްގައި އެފަދަ މައްސަލަތައް ހިއްސާ ކުރާނެ މޭޒެއް ހުންނާން ޖެހެއެވެ. ވިކްޓިމް ސަޕޯޓް، ވިކްޓިމް ޕްރޮޓެކްޝަން ދައުލަތުގެ ބޮސްއަށް ވާނީ ސައި ބޯނި ބޮތްކެށެވެ. ނަމަވެސް އޭނާ ދުށީ ހަގީގަތުގައިވެސް ލޯބިވީކަމަށެވެ. އަމިއްލަ ނަފުސު އެކީ ވެދުން ކޮށް ހަވާލުކުރީއެވެ. ކޮންމެހެން ފުރަތަމަ އަންހެނާ 2.0 އަކަށް ވާކަށް ނޫނެވެ. ދަރިފުޅަށާއި އެކަނިވެރިކަމަށް އަދި އާއިލާއަށް ހެޔޮގޮތްތަކެއް ހޯދާދޭށެވެ. ޒުވާން ކިތައް ކަނބަލުންނަށް މިފަދަ އަނިޔާވެރިކަން ތަހައްމަލު ކުރަން ޖެހިފައިވާނެ ބާވައޭވެސް ހިތަށް އަރައެވެ.

ޝޭހް އަކަށް ކުރެވުނު ގޯނާއަކުން މާޒީގެ ސަފުހާތަކުގައި އަންހެން ކުއްޖެއްގެ ރުއިން އިވެއެވެ. ދިވެހިރާއްޖެ ކުޑައެވެ. އާބާދީވެސް މަދެވެ. ނަމަވެސް އާބާދީއާއި ގައުމެއްގެ ނިސްބަތުން ކުރާ ގޯސްކަންތައްތައް މަދެއް ނޫނެވެ. ކުއްވެރި އަމަލުތައްވެސް މަދެއް ނޫނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ބޮޑު ސޯބުގެ ދަށުން ކުދި ސޯބު އެނބުރޭނެއެވެ. ފުރަތަމަ އަންހެނާ 2.0 ގެ ހުވަފެން ބެލި ދޮޅަހަކަށް މީހުން ތިބުމަކީ ދުރުކަމަކަށް ނުވާނެއެވެ.

]]>
Fri, 08 May 2026 12:12:50 +0500 ހަވާ
ދޯކާދިނުމުގައި ޔާމީނާއި މުއިއްޒު ތަފާތު ނުކުރާ ރިޔާސީ ކެންޑިޑޭޓުން https://heerasnews.com/4151 https://heerasnews.com/4151 ނަޒާހަތްތެރިކަން އެތުރެންވާނީ މަތިން ތިރިއަށެވެ. މުއިއްޒުގެ ނެތް ނަޒާހަތްތެރިކަމެއް ދަށުން މަސައްކަތް ކުރާ މީހުންގެ ނުހުންނާނެއެވެ. އައްޔާޝީ ދައްކާ ސިއްރު ކުރަން އުޅޭނަމަ ދަށުގައި އުޅޭ މީހުން މާ ކުޅަދާނަ ވާނެއެވެ.

މުއިއްޒާ އެކީގައި ގިނައިން ތިބީ މުއިއްޒުހެން ވެރިކަމަށް ފެންބޮވައިގެންފައި ތިބި ބައެކެވެ. މުއިއްޒު ފަދައިން އެއިން ކޮންމެ މީހަކީ ވެސް ރައީސް ޔާމީނު ނެތް ދުނިޔެއެއްގައި ނޫޅޭން ފޮނުއެރުވި މީހުންނެވެ. އެ އަނގަތަކުން މިހާރު އެކިޔަނީ އެހެން ލަވައެކެވެ. ކާންދޭ އަތުގައި ދަތްއަޅަން ވަކީން ފަރިތަ އެހެން ބަޔަކު މަދުވާނެއެވެ. ރަނގަޅަށް ހަނދާން އައުކޮށްލަ ބަލާށެވެ.

އާދަމް ޝަރީފަކީ ޕީއެންސީ ސެނެޓްގެ ކުއްލި ޕްރައިމަރީގައި މުއިއްޒާއި ވާދަކުރި ފަރާތެވެ. އާދަމް ޝަރީފަކީ އެޑިއުކޭޝަން ދާއިރާއަށް ފަރިތަ މީހެކެވެ. ދޮންރިހަ ގޮތެއް ހުންނަ ކަމަށް މީހުން ކިޔާއުޅޭ އާދަމް ޝަރީފަކީ މުއިއްޒެކޭ އެއްފަދައިން ޝަހުވަތްތެރިކަން ހައްދު ފަހަނަ އަޅާފައިވާ މީހެކޯލައެވެ. ޕާޓީ ތެރެއިންނާއި މިނިސްޓްރީ ތެރޭގައި މަސައްކަތް ކުރާ އަންހެން ކަނބަލުންނަށް ރޭގަނޑު ގުޅާ އެކިއެކި ކަންކަމަށް ދައުވަތު ދީ ބައެއް ކުދިން އެލް ސޯފާއަކަށް ނުލިނަމަވެސް އެފަދަ ކުދިންނާއި މެދު ގާތް ނުރަނގަޅު ގުޅުންތަކެއް ގެންގުޅުމަކީ މުއިއްޒާއި މީނާގެ ހުރި އާދަޔާއި ހިލާފު އެއްގޮތް ސިފަތަކެއްކަމަށް މީހުން ކިޔައެވެ.

މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކޮށް އަބްދުއްލާ ހަމީދު ހެދިގެން އާދަމް ޝަރީފު އޭނާ ދިޔައީ 2028 އަށް ސަޕޯޓް ބޭސް ބޮޑުކުރަމުންކަން މުއިއްޒަށް ރޭކާލީތާއެވެ. ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ފައިނު އާދަނަކީ ސިޔާސީ މަސްރަހުގައި ބޮލު ރޮއްޖެކެވެ. ވެރިކަން ވަރަށް ބޭނުން ބޭނުންވެގެން ކުރަމުން އަންނަ ކަންކަމުގެ ހިލަންވެ ވުޒާރާވެސް އުވާލާ ކެބިނެޓުން ބޭރުކޮށްލީތާއެވެ. 

ޑރ. ވަހީދަކީ ޓިކެޓުގެ އިންތިޒާރުގައި އުޅުނު އެއްބޭފުޅާއެވެ. މުއީޒު ވެރިކަމަށް ހޮވުނު ހިސާބުން ދުނިޔެ ކާން ފަސޭހައަކަށް ގާތް ގުޅުމެއް ދަމަހައްޓާ މާލީ ތަނަވަސްކަން ހޯދަމުން ދިޔައީއެވެ. އެހެން ނަމަވެސް އެޕްޓީން ފައިލްސްގައި ޑރ. ވަހީދުގެ ނަން ހާމަވެ ފަލީހަތްވުން ސަބަބެއްކަމަށް ދައްކާ އިސްތިއުފާދޭން މަޖުބޫރުކޮށް ސިޔާސީ ކުރިމަގުގައި ކަފުން ކުރުވީއެވެ. ނަމަވެސް އެލް ސޯފާގެ މަތީގައި ހިންގި ހަޑިހުތުރު އަމަލަކީ މުއިއްޒުގެ ސިޔާސީ މުސްތަގުބަލުގެ މައިދިރިއަށްވެ ޑރ. ވަހީދު ކުރީ އައްޗި ކަމެއް ކަމަށް ހަދާ ނިންމާލީއެވެ. 

ޑރ. ޝަހީމަކީ ވެސް ރިޔާސީ ކެނޑިޑޭޓަކަށް ވުމަށް ކޯޓު ތުރުކުރައްވައިގެން އުޅުއްވި ބޭފުޅެކެވެ. ޝަހީމުގެ ކުޅަދާނަ ކަން ފެނިފައިވަނީ ބޮނަކުއާ ފުޅިއްކަށް ރުގުޔާ ކުރުމުގެ ތެރެއިންނެވެ. އޭގެ ފަހުން ތަފާތު އެކިއެކި ތުހުމަތުތައް ކުރެވުނެވެ. މީނާ ބުނާ ގޮތުންނަމަ އަރަބިން ކައިގެން ތިބިއްޔާ ދިވެހީންވެސް ތިބޭނީ ކައިގެންނެވެ. ތެލަށް ނުޖެހިސަލާމަތް ކުރަންވެސް ދަންނަކަމަށް ބުނެ ހަރުއަޑުން ގޮވިއެވެ. ކާށިދޫ ކަނޑުން ތެޔޮ ހޮޅި ނެރެވޭނެ ކަމަށްވެސް ބުންޏެވެ. ވެރިކަމަށް ކުފޫ ހަމަވާ މީހުން އުޅެނީ ވަކި ގޮތަކަށެވެ. އަދާލަތު ޕާޓީ ދުވަސްވަރު މުއިއްޒަކީ ޝަހީމުގެ ބޯއީ އެކެވެ. ސިއްރުން ވެރިކަމުގެ ވާހަކަ މީހުން ގާތުގައި ނުދައްކާށެވެ. މުއިއްޒަށް އަޑުއިވިއްޖެނަމަ ވަކިކުރާނެއެވެ. 

މިނިސްޓަރު ސައީދަކީ އެމްބަސީ ތަކުގައި ރައީސް ޔާމީނުގެ ކެނޑިޑޭޓް ކަމަށް އަމިއްލައަށް ތައާރަފު ވަމުން ގެންދެވި އެކެކެވެ. ފުލުފުލުގައި ފާޅުކަން ބޮޑެތި ދޮގު ހަދައިގެން ސައީދުކުރާ ކަމަކީ މުއިއްޒު ސަރުކާރު ފެއިލްކޮށްލުމެވެ. ޑޮލަރު އަގުތިރި ކުރުމާއި އަތްގުޅިނުކާ ލޮލަށް ނުފެންނަ މެގަ އިންވެސްޓްމެންޓްތަކުގެ ވާހަކައިން މުއިއްޒުގެ މަގުބޫލުކަން ގެއްލުވާލުން ނޫން ކަމެއް ސައީދު ނުކުރެއެވެ. މުއިއްޒަށް އެކަން އެނގޭއިރު ފަހަރުގައި ވަގުތު ފާއިތުވެސް ވެދާނެއެވެ.

]]>
Thu, 07 May 2026 08:16:54 +0500 ހަވާ
ރައީސް މުއިއްޒަށް ނިސްބަތްކޮށް ގަޒުފު އުފަންކުރުވީ ކީއްވެގެން ކާކު؟ https://heerasnews.com/4148 https://heerasnews.com/4148 ގަޒުފެއްގައި 2 މީހަކު ހިމެނެންޖެހެއެވެ. ގަޒުފެއް ސާބިތު ކުރާނަމަ ދެ މީހަކު ޒިނޭ ކުރިކަމަށް ވާން ޖެހެއެވެ. އަދި އެ ކަމުގައި ހިމެނޭ ދެ މީހުންކުރެ އެކަކު ޒިނޭ ކުރިކަމަށް އިންކާރު ކުރަން ޖެހެއެވެ. ޒިނޭ ސާބިތުވާނީ ހަތަރު މީހަކަށް ޒިނޭ ކުރާ މަންޒަރު ފެނިގެން ނުވަތަ ދެ މީހުން ނުވަތަ ދެމީހުންގެ ތެރެއިން މީހަކު ޒިނޭ ކުރިކަމަށް އިއުތިރާފުވެ، އެކަން ސާބިތު ކޮށްދިނުމުންނެވެ. އިސްލާމީ ހަމަތަކާއި އެއްގޮތަށް ޒިނޭ ސާބިތުކުރުމަކީ ފަސޭހަ ކަމެއްގެ ގޮތުގައި އޮންނަ ކަމެއް ނޫނެވެ. 

އަދަދު ނޫހުގެ ފަރާތުން ހާމަ ކުރި ޑޮކިއުމަންޓްރީގައި ދައްކާފައިވަނީ އާއިޝާއެއްގެ ވާހަކައެކެވެ. އެ އާއިޝާ އަކީ އީޝާ ޝަރީފުކަން ފުލުހުންވަނީ ހޯދާފައެވެ. މައްސަލައިގައި ދެން ހިމެނޭ ފަރާތްވެސް ހޯދާފައިވާ ފަދަޔަކުން ފުލުހުން ވާހަކަ ދެއްކެވި ކަން ފާހަގަވެއެވެ. މައްސަލައިގައި ދެން ހުރި ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުކަން ދައުލަތުގެ ހޯމް މިނިސްޓަރުގެ ފޭސް ބުކް ޕޯސްޓުން ޝައްކެއް ނެތް މިންވަރަށް އެގެއެވެ. 

އީޝާ ޝަރީފް 2026 މެއި 05 ވަނަ ދުވަހުގެރޭ ފުލުހަށް ހާޒިރުކޮށް ތަހުގީގުގެ ބައެއް ނިންމާ ހުޅުމާލޭ ޕޮލިސް ސްޓޭޝަން ކައިރީ މީޑިއާއަށް މައުލޫމާތު ދެމުން އީޝާ ޝަރީފުގެ ލޯޔަރުން ހާމަ ކުރިގޮތުންނަމަ މައްސަލައިގައި ހިމެނޭ އައިޝާ އަކީ އީޝާކަން ދެނެގަނެވުނީ ފުލުހަށް ލިބުނު ހެއްކެއްގެ ފަރާތުންކަމަށް ބުނެފައިވެއެވެ. ނަން ހާމަ ނުކުރިނަމަވެސް އެ ހެއްކަކީ ކޮން ބޭފުޅެއްކަން ސާފުވާވަރުވެއެވެ. އަދި އެ ފަރާތުން އެ ތުހުމަތު ތަކަށް އިންކާރު ކުރާކަމަށްވެސް  ބުނެފައިވެއެވެ. 

އައިޝާ ޑޮކުއިމަންޓްރީގައި ދެ ލޯބިވެރިން ކުރާ ޒާތުގެ ހުރިހާ ކަމެއް ކުރިކަމަށް ބުނާކަމަށް އެ ބެއްލެވި ފަރާތްތަކުން ބުނެއެވެ. އަދި ފަހަރެއްގައިވެސް ކައިވެނި ކޮށްގެން އުޅޭ ބަޔަކު ކުރާ ހުރިހާ ކަމެއް ކުރިކަމުގެ ވާހަކައެއް ވާކަމަކަށް އެ ޑޮކިއުމެންޓްރީ ބެލި ފަރާތްތަކުން ހާމައެއް ނުކުރެއެވެ.

އެހެން ކަމުން އެއީ ހޯމް މިނިސްޓަރު އަލީ އިހުސާނު ކޮން ތަނަކުން ނެރުނު ޒިނޭ އެއްގެ ވާހަކައެއްތޯއެވެ. ކޮން ގޮތަކަށް އުފަންވި ގަޒުފެއް ތޯއެވެ. ހޯމް މިނިސްޓަރުގެ ބަސް ވަރަށް ހަރުކައްޓެވެ.

“false allegations of "Zina" against the President of the Maldives.”

ހޯމް މިނިސްޓަރަށް އެ ޑޮކިއުމެންޓްރީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ކަން އެގުނީ ރައީސުލްޖުމްހޫރިއްޔާ އެ މައުލޫމާތު ހޯމް މިނިސްޓަރަށް ދީގެން ކަން ގަބޫލު ކުރެވެއެވެ. ހޯމް މިނިސްޓަރުގެ ޕޯސްޓުގައި އަދިވެސް ލިޔުއްވާފައިވާ ތަން ކޮޅެއް ހާމަ ކޮށްލާނަމެވެ.

“Making serious false allegations of "zina" against the President is not "journalism"

ތެދު ފުޅެކެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިސްތަށި ފުޅުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ޖާރނަލިޒަމް އެއް ނޫނެވެ. އެ ތުހުމަތު ކުރަނީ ކާކު ތޯއެވެ. އަދަދު ނޫހުގެ ޑޮކިއުމަންޓްރީ ޒިނޭ ގެ ތުހުމަތެއް އެއްވެސް މީހެއްގެ ބޮލުގައި އަޅުވާފައެއް ނުވެއެވެ. އަލަށް ވެސް އެ ޑޮކިއުމެންޓްރީއާއި ޒިނޭ އާއި ގުޅުވީ ހޯމް މިނިސްޓަރެވެ. އަދި ގަޒުފުގެ ވާހަކަ ދަށްކަވަނީވެސް ހޯމް މިނިސްޓަރެވެ. ހޯމް މިނިސްޓަރުގެ ފޭސްބުކް ޕޯސްޓުގައި ގަޒުފަށް އިޝާރާތް ކުރައްވާ އެފަދަ މައްސަލަތައް ތަހުގީގު ކުރަން ޖެހޭނެ ކަމަށް ބުނެ ފާހަގަ ކުރަނީ މިދަންނަވާ އިބާރާތުންނެވެ.

In any democratic society governed by the rule of law, authorities must be able to investigate potential criminal offences like "gazf", when there is reasonable suspicion

ތެދުފުޅެކެވެ. މައްސަލަ ބައްލަވަން ވާނެއެވެ. އިންސާފާއި ހަމަހަމަ ކަމާއިއެކު ތަހުގީގު ކުރައްވާށެވެ. އޭރުން ޒިނޭތޯ ގަޒުފުތޯ ނޫނީ ލޯބިތޯ ސާފުވާނެއެވެ. އަދި ކުށެއް ހިމެނޭނަމަ އެކަމެއްގައި ހިމެނޭ މީހުންގެ ތެރެއިން މީހަކު ނުވަތަ ދެ މީހުން ކުއްވެރިވޭތޯ ނުވަތަ ކުއްވެރިނުވާކަން ސާބިތުވާނެއެވެ. ނަމަވެސް މެޗު ނުފަށަނީސް ފޯލްސް އެލިގޭޝަނޭ ވިދާޅުވުން ރަގަޅެއް ނޫންކަން ހޯމް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. 

ގަޒުފު ކުރުމޭ ބުނެވޭ ބުނުމަކީ ބިރުވެރި ވާހަކައެކެވެ. އަދަބު ބޮޑު ކުށެކެވެ. ބޮޑުފާފައެކެވެ. ހަރާމް ކުރައްވާފައިވާ ކަމެކެވެ. މި ފަދަކަމެއް އުފަންވުމުގެ ފުރުސަތު ނެތް ކަމެއްގެ ތެރެއަށް ޒިނޭ އާއި ގަޒުފު ލުމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވުމަކީ ގާތްކަމެކެވެ. ފަހަރެއްގައިވެސް ހޯމް މިނިސްޓަރު ރޭވުމަކުން ރައީސުލްޖުމްހޫރިއްޔާ ސައި ކޮށްލީ އެކޭ ނޫނެވެ. ސިޔާސީ ވާފަވެރިކަމަކީ ދިވެހީންގެ މެދުގައި މަކަރާއި ހީލަތާއި އޮޅުވާލުން ހިމެނޭ ކަމެކެވެ. ސިޔާސީ ކުރިއެރުމަކީ ވަކި މަގާމުތަކަކުން ފެށިގެން ސިޔާސީ މީހުން ދެކޭނެ ހުވަފެނެކެވެ. ނަމަވެސް އެ ޑޮކިއުމެންޓްރީ ދަތުރު ކުރަން ނުޖެހޭ ހިސާބަށް ދަތުރު ކުރުމުގައި ސަރުކާރުގެ އިސް ފަރާތްތައް ހިމެނޭކަން އެއީ އޮޅުވާނުލެވޭނެ ހަގީގަތެކެވެ. 

ގަޒުފު ކުރެވޭ މީހަކީ އެ މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ:

  1. 80 އެތިފަހަރުން ހައްދު ޖަހަން ޖެހޭނެ މީހެކެވެ.
  2. ޝަރުއީ އެއްވެސް ހެކިބަހެއް ނުދެވޭނެ މީހެކެވެ.
  3. ފާސިގެއްގެ ދަރަޖަ އެމީހަކަށް ލިބެއެވެ.

ހުށަހެޅިފައިވާ މައްސަލައިގެ ޒާތަށް ބަލާއިރު ގަޒުފު ކުރަން ޖެހޭނީ ކާކުކަން އެނގިގެން ދާނެކަމަށް ބެލެވެއެވެ. އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ސާބިތުވުމަކީ ދިވެހިރާއްޖޭގައި ވަރަށް ގިނަ ސިޔާސީ ކުރިމަގަށް އޮތް ހުރަހެކެވެ.

]]>
Wed, 06 May 2026 10:53:47 +0500 ހަވާ
ދިވެހީންގެރާއްޖެ، ސަދޫމެކޭ ތަފާތެއް ނެތް؟ https://heerasnews.com/4144 https://heerasnews.com/4144 މައްސަލަބަލަން ވާނީ މައްސަލަތައް ބެލުމުގެ ހަމަ ތަކާއި އެކު ކަމުގައި ތަހުގީގު ކުރުމާއި ދިރާސާ ކުރުމާއި ހޯދާ ބެލުމުގައި ހަރަކާތް ތެރިވާ ދޮށީ ބޭބޭފުޅުން ބުނެއެވެ. ޝަކުވާއެއް މީހަކަށް ނުވަތަ ތަނަކަށް ހުށަހެޅޭނީ މީހުންނާއި ނުވަތަ ތަންތަން ހިމެނިގެންނެވެ. އެހެން ކަމުން އެންމެ ފުރަތަމަ ނިންމަން ވާނީ ގޮތެއް ނޫނެވެ.

ކަމެއްގެ ޝަކުވާއެއްނަމަ ނުވަތަ މީހެއްގެ ޝަކުވާއެއް ނަމަ ތަހުޒީބީ މުޖުތަމައުގައި ކަންކުރާ ހަމަތަކެއް ވެއެވެ. އެ ޝަކުވާއަކާއި ގުޅޭ މަޢުލޫމާތު އެއްކުރުމެވެ. އެ މައުލޫމާތުތައް ދިރާސާ ކުރުމެވެ. ބުއްދީގެ ހަމަތަކުން ގާނޫނު ތަކުގައި ކަނޑައެޅިފައިވާ ހަމައިގެ މަތިން ގޮތްތަކެއް ކަނޑައެޅުމެވެ. ތަހުގީގުގައި ސުވާލު ކުރުމާއި އެ ސުވާލުތަކަށް ލިބޭ ޖަވާބުތަކާއި ކަމެއްގެ ވަށައިގެންވާ ކަމްކަމާއި ގުޅުވާލުމެވެ. 

މަޢުލޫމާތު އެއްކުރަންވެސް ވާނީ ކަންކަން ކުރުމަށް ހަމަޖެހިފައިވާ އިޖުރާއަތް ތަކާއި އެއްގޮތަށެވެ. ގައުމެއްގެ ވެރިއަކު ހިމެނުނަސް ނުވަތަ ނިކަމެއްޗަކު ހިމެނުނަސް ކަންކުރުމުގައި އަމަލު ކުރަން ވާނީ ވަކި ތަރުތީބަކުންނެވެ. 

ދާދި މިދާކަށް ދުވަހުން ފެށިގެން ރާއްޖޭގައި އެންމެ މަޝްހޫރުވި އެއް ވާހަކައަކީ ސޯފާއަކާއި އައިޝާއެއްގެ ވާހަކައެވެ. ކަން ހިނގާ ދިޔަގޮތުގެ ތަރުތީބަށް ނަޒަރު ހިންގާލުން މުހިންމެވެ. ރާއްޖޭގެ ފުރާވަރުގެ ނޫހަކުން ވެރިމީހާއާއި ކުރިމަތި ކުރުވި ސުވާލެކެވެ. ސޯފާއަކާއި ޖިންސުއްލަތީފަކާއި ގުޅުވައިގެން ހިނގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހާދިސާ އަކާއި ވެރިޔާއާއި އޮތް ގުޅުމެވެ. ސުވާލު ރައްދުވީ މ. ދިމްޔާތު މުހައްމަދު މުއިއްޒަކަށް ނޫނެވެ. މުހައްމަދު މުއިއްޒު ކިޔާ މީހަކު ކޮންމެ ގޮތަކަށް އުޅުނަސް ދިވެހީންނަކަށް ނޫސްވެރިންނަކަށް މައްސަލައަކަށް ނުވާނެއެވެ.

ނަމަވެސް ދައުލަތެއްގެ އެންމެ އިސް މަގާމުގައި ހުރި މީހަކާއި ބެހޭގޮތުން ހަޑި ހުތުރު ވާހަކަތަކެއް ރަށުތެރޭގައި ފެތުރޭނަމަ ރައްޔިތުންވެސް ނޫސްވެރިންވެސް ގަލަމުގެ ކޮޅު ފިއްސާ ނުލާހާ ހިނދަކު ސުވާލު ކޮށްލާން ބޭނުންވާނެއެވެ. އެ ގޮތުން އެ ވެރިމީހާއާއި ބައްދަލު ވުމުން އެ ސުވާލުވެސް އަހާލެވުނީއެވެ.

ދައުލަތުގެ އެންމެ އިސްވެރިޔާއަކީ ދިވެހި އެންމެންނާއި ހަވާލުވެފައި ހުންނަ މީހެކެވެ. ވަކި ޖަމާއަތަކަށް ހުރި މީހެއް ނޫނެވެ. ރައްދު ދޭއިރު އެކަން ގިނަ ގައުމުތަކުގެ ވެރީން  ދަނެއެވެ. ސުވާލެއް ކޮށްލާތަނުން ކަންވާރަށް ވާންވާ ވަރުގެ ރަތްމަހެއް ބާނައިގެން ދަމަން އޮންނަ މަސްވެރިޔާ ރަތްމަހަށް ނުބަވާވަރަށް ބެވުމަކީ ތަހުޒީބެއް ނޫނެވެ. އަދި އެތަނުން މައްސަލަބަލާ ދައުވާ ކުރާނެ ކަމުގެ އިންޒާރު ދިނުމަކީވެސް އެފެންވަރުގެ މީހަކު ކުރުން އެންމެ ރަގަޅު ނޫން ކަމަކަށް ވެދާނެއެވެ. ކޮންމެއަކަސް މައްސަލަ ފެށުނީ އެ ނޫސް ކޮންފަރެންސާއި ހިސާބުންނެވެ. އެ ބުނާ ޑޮކިއުމެންޓްރީއެއްގެ ވާހަކަ ޔޯލައެވެ. 

ޖެހިގެން އައީ ބޮޑު ރެއެކެވެ. އެއްކަލަ ނޫސް އިދާރާ ރޫޅާލީއެވެ. ކޯޓު އަމުރުތަކެއްގެ ބާރުގައެވެ. ހަމަ އެއާއި އެކު މައްސަލަ ނިމިފައިވާކަން ދޭހަވާ މޭރުމަކުން ފުލުހުންގެ އިސް ވަޒީރު ބަސް ބުނެފިއެވެ. “ފޯލްސް އެލިގޭޝަން” ދޮގު ތުހުމަތު އެޅުވީ ކަމާއި އެކަން ބެލުމަށް ހުރަހެއް  އިޖުރާއަތެއް އޮތްކަމެއް ނުބަލައެވެ. 

މައްސަލަ ބަލަން ފެށީ މައްސަލައިގައި ހިމެނޭ އެއްފަރާތަށް ހުކުމް އިއްވާ ކަރަށް މަޅިފައްތާފައެވެ. މިހާ ހިސާބުން މައްސަލަ ބެލުމުގެ ނިޔަތް ފުށު އަރައެވެ. ދައުލަތުގެ އިދާރާތަކުގެ އިތުބާރު ގެއްލެއެވެ. ހަމަ އެއާއި އެކު ހަވާލު ކުރާ މަސައްކަތް ރަނގަޅަށް ނުކުރާނަމަ މަގާމުތަކުގެ ޝަރުތު ހަމަ ނުވާނެ ކަމަށް އިއުލާނު ކުރި ދައުލަތުގެ ސްޕޯކްސް ޕާރސަންގެ ބަހުންނަމަ މައްސަލަ ބަލަން އެންގީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމަށެވެ.

ޕްރޮސިކުއުޓާރ ޖެނެރަލް  އެންގެވީ އައިޝާއެއްގެ މައްސަލައެއް ބަލަންތޯ، ސޯފާއެއްގެ މައްސަލަ ބަލަން ތޯ، ކަންތައްތަކެއް ކުރިކަމަށް ތުހުމަތުވާ ބައެއްގެ މައްސަލަތަކެއް ބަލަންތޯ، ޑޮކިއުމަންޓްރީއެއްގެ މައްސަލަ ބަލަންތޯ، ނޫސް އިދާރާއެއްގެ މައްސަލަ ބަލަންތޯ ނުވަތަ މައްސަލައިގެ ހަގީގަތް ހޯދާ ބަލަންތޯ ސާފެއް ނުވެއެވެ. ނަމަވެސް އެއީ އުފެދޭ ސުވާލެކެވެ. މި ސުވާލަށް ސްޕޯކްސް ޕާސަން އަދި  ކޮންމެވެސް ޒަމާނަކުން ޖަވާބެއް ދޭނެއެވެ. 

މައްސަލައިގައި ހިމެނޭ ކަމަށް ބެލެވެނީ އައިޝާއެއް ނަމަ ނުވަތަ ނޫސް އިދާރާއެއް ނަމަ، އަދި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތަކެއް ފުރިހަމައެއް ނުވެއެވެ. ސަރުކާރަށް ތާއީދު ކުރާ ބައެއް މީހުންގެ ބަހުންނަމަ “އައިޝާގައިގާ ހައްދުވެސް ޖަހާނެ ޖަލަށްވެސް ލާނެއެވެ”. އަދި “އެ ނޫސް އެޖެންސީ އާއި ދޭތެރޭ ފިޔަވަޅުވެސް އަޅާނެއެވެ”. މިއޮތީ މައްސަލަ ބަލަން ފެށުމުގެ ކުރީން މައްސަލައިގައި ތުހުމަތު ކުރަން ވަކި ފަރާތަކުން ބޭނުންވާ ފަރާތްތަކެއް ކަފުންކޮށް ވަޅުލާފައެވެ. 

ހިޔާލު ތަފާތުވުން ގެންގުޅޭ ބައެއް ފަރާތްތަކުން ގަބޫލު ކުރަނީ މިއީ ކަންކަން ކުރުމުގެ ތަރުތީބު ނޫން ކަމަށެވެ. މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކާއިމެދުވެސް އެއް ހަމައަކުން ކަންކުރަން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ނޫސް އެޖެންސީއެއްގެ ހަރުމުދާ އަތުލާ ދިރާސާ ކުރާ ފަދައިން އައިޝާ ކަމަށް ތުހުމަތުކުރާ ފަރާތުގެ މުވާސަލާތީ ވަސީލަތްތައް ހޯދާ ދިރާސާ ކުރަން ވާނެ ކަމަށް ގަބޫލު ކުރެއެވެ. ހަމައެހެން މައްސަލައިގައި ދެން ހިމެނެނީ ދައުލަތުގެ ވެރިމީހާ ނަމަވެސް އިންސާފު ގާއިމު ކުރުމުގެ ގޮތުން މުވާސަލާތީ ވަސީލަތްތައް ހޯދަން އޮންނަ އިޖުރާއަތް ތަކާއި އެއްގޮތަށް ހޯދާ ދިރާސާކޮށް ކަމުގެ އަސްލު ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެއެވެ.

ނޫސް ޖަމިއްޔާގެ ވެރިން ފުރުން މަނާކޮށް އާއިޝާއެވެ ކިޔުނު ފަރާތް ފުރުން މަނާ ކުރާނަމަ ދެން ހުރި ފަރާތުގެ ފުރުންވެސް މަނާ ނުކުރާންވީ ސަބަބެއް ނެތް ކަމަށެވެ. ހެއްކަށް ނުފޫޒު ފޯރުވަންޏާ ކޮންމެ ފަރާތަކުންވެސް ނުފޫޒު ފޯރުވުން ނުވަތަ ނައްތާލުމަކީ ކުރެވިދާނެ ކަމެކެވެ. ނުފޫޒު ފޯރުވުމާއި ހެކިނައްތާލުމުގެ ފުރުސަތު ދައުލަތުގެ އެންނެ މަތީވެރިޔާއަށް ސަބަބުވެރި ވިސްނުމަކުން ވިސްނާ މީހަކު ގަބޫލުކުރާނެއެވެ. 

ސިފައިންގޭގެ ސޯލްޖަރުންނަކީ އަމުރަށް ކިޔަމަންތެރިވާ ބައެކެވެ. އެ މީހުންނަށް އަމުރު ކުރާ ފަރާތުން ކުރާ އަމުރާއި އެއްގޮތަށް އަމަލު ކުރާނެއެވެ. އެ ސޯލްޖަރު ކުއްލިއަކަށް އަމުރުވެރި މަގާމަކަށް އައްޔަނު ކުރިއަސް އެ ސޯލްޖަރު ވާނީ ހަމަ ސޯލްޖަރަކަށެވެ. ދިވެހީން ބޭނުންވަނީ ނަޒާހަތްތެރި ހުލްގުހެޔޮ، ފުދުންތެރި އަބުރުވެރި ތަހުޒީބުވެފައިވާ ގައުމެކެވެ. ނާއިންސާފާއި ދޮގުހެދުމާއި ފަސާދައިގެ ކަނޑެއްގައި ގަރަގު ވެގެން ދާ ގައުމެއް ނޫނެވެ.

ދިވެހީން އެދެނީ ދިވެހީންގެ ވެރިޔާއަކީ އައްޔާޝީއާއި ދުރު ދީނީ ހަރުދަނާ މީހަކަށް ވުމެވެ. ނަމަވެސް އިންސާފުވެރި ތަހުހީގަކާއި އަދުލުވެރި ޝަރީއަތަކުން ކަން ހިނގާފައިވަނީ ފުލުހުންގެ އިސް ވަޒީރު ހާމަކުރި ގޮތާއި ހިލާފަށް ކަމަށް ވެއްޖެނަމަ ވަރަށް ވެސް ހިތާމަވެރިއެވެ. އެހެން ވެއްޖެ ނަމަ ދިވެހީންގެ ރާއްޖެއާއި ސަދޫމެކޭ ތަފާތެއް ނެތެވެ.

]]>
Tue, 05 May 2026 11:15:58 +0500 ހަވާ
ޔާމީނު ކުރި އިތުބާރު ވިއްކާލި ރޯލްމޮޑެލް https://heerasnews.com/4130 https://heerasnews.com/4130 ތިން ހަތް ދުވަހުން ކަންކަން ހަނދާން ނެތުން އާދަވެފައި ތިބި ދިވެހިނަށް ގިނަގިނައިން ކަންކަން ހަނދާން ކޮށްދޭން ޖެހެއެވެ. އަދުރޭ ރައީސް މުއިއްޒުގެ ރޯލްމޮޑެލަށް ވެގެން ދިޔަ ގޮތް ހަނދާން ނައްތާލާ ކަހަލައެއް ނޫނެވެ. ޔުނިވަރސިޓީ ތަކުގައި ކިޔަވާދޭން ވެސް ކަމުދާވަރުގެ ފިލާވަޅަކަށް ވެސް އެކަން ވާނެއެވެ. 

ބާރުގަދަ ވެރިކަމެއް ކުރެއްވުމަށްފަހު އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ވިކަމެއް ވެގެން ރައީސް ޔާމީނު ޖަލަށް ވަޑައިގަތީ ބޭރުން އަންނަ މިނިކާ ބާޒުތައް ޕާޓީ ޖަހައިގަތަނުދޭން ވަސިއްޔަތް ކުރައްވާފައެވެ. ޔާމީނު ޖަލުގައި ހުންނަވާ ދެއްވާ އިރުޝާދާ އެއްގޮތަށް ހިންގަން ދެޕާޓީގެ ވެރިކަން އަދުރޭ އާއި މަތިކޮށްފައެވެ. ޑރ. ވަހީދާއި ގައްސާނާއި މުއިއްޒާއި އާދަމް ޝަރީފާއި ޝިޔާމާއި ސައީދުގެ މައްޗަށް އަދުރޭ ވެރިކުރެއްވީ ދަނޑިވަޅުބަލާ އެއިން މީހަކުވެސް ދެޕާޓީ ޖަހައިގަތަ ނުދިނުމަށް ކަމަށް ބެލެވެއެވެ.

ރައީސް ޔާމީނުގެ ވަސިއްޔަތް އޮތީ ބޭރުން އަންނަ މިނިކާ ބާޒެއް ޕްރޮގްރެސިވް ކޯލިޝަން ޖަހައިގަތަ ނުދިނުމަށް ކަމުން ކިތަންމެ ރަނގަލަކަށް ވެސް އެކަން އަދުރޭ ކޮށްދިނެވެ. ކަޅުއޮށު ބަނޑުދަށުގައި ކޮރަކަލި ބޮޑުވިޔަ ނުދޭކަށް ވަސިއްޔަތެއް ނެތެވެ. އެހެން ކަމުން އެތެރޭން ހަކުރު ދެންޏާ ބޮޑުބޭބެ ނުވާންވީ ސަބަބެއް ނެތްތާއެވެ.

ނަސީބު ދިމާކުރި ގޮތުން އޭރު ޕްރޮގްރެސިވް މުޅި ކޯލިޝަނުގައި ވެސް ރައްޔިތުންގެ ބާރުވެރި މަގާމެއްގައި ހުރި ހަމަ އެކަނި މީހަކީ ޑރ. މުއިއްޒެވެ. މުއިއްޒަކީ މާލެ ސިޓީ މޭޔަރެވެ. ސެނެޓްގެ މެންބަރުން ކޮންސަލްޓެންޓުންނަށް ހަދައިގެން ބޮޑު މަހު މުސާރައެއް ދީގެން ސެނެޓްގެ ކޮންޓްރޯލް ނެގެން އޮތީވެސް މުއިއްޒަށެވެ. އަދުރޭއަށް ރޯގިލަ ކަންފުޅެއްވެސް ވާން އޮތީ މުއިއްޒުގެ ރުހުން ހޯދި ވަރަކުންނެވެ. 

މާލެ ސިޓީ މޭޔަރކަން ލިބުމަކީ އޭރުގެ އިދިކޮޅު ކޯލިޝަންގެ ކޮންޓްރޯލް މުއިއްޒު އަތްދަށަށް ގެންނަން ލިބުނު ރަނުގެ ފުރުސަތެވެ. ދަނޑިވަލުބަލާ އިންތިހާ ދަރަޖައަށް ސިޓީ ކައުންސިލް ތެރެއިން އަދުރޭއަށް ފުރުސަތުތައް ފަހިކޮށްދީ ކާންދީ ރަނގަޅަށް ބުޅީގައި އަޅުވާލިއެވެ. މަހުން މަހަށް އުޖޫރައެއް ދޭން ފެށިއެވެ. ކޮރަޕްޝްނަށް މަގުފަހިވާގޮތަށް ނުއަގުގައި ވެހިކަލްތަކެއް ސިޓީ ކައުންސިލަށް ނަގާ މަހުންމަހުން ކުލީގެ ގޮތުގައި އެތައް ފައިސާއެއް ލިބޭގޮތް ހަދާދިނެވެ. މަސް މާރުކޭޓުގެ ވާހަކައަކީ މުޅި މާލޭގައި ދައްކަމުން ދިޔަ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. މުއިއްޒުގެ މަޅީގައި އަބުދުއްރަހީމު ޖެހި ބާރުވެ އަދުރޭއަށް ރައީސް ޔާމީނު ވީ ތުންފުހެފައި އެއްލައިލާ ޓިޝީގަނޑަކަށެވެ. 

ކަޅުއޮށު ބަނޑު ދަށުގައި ބައިންދައިގެން ކޮރަކައްޔަށް ކާންދީ ބޮޑުކޮށް ފަނިހައްޖަކަށް ހަދާ އެ ފަނިހަންޖަށް ކަޅުއޮށް ކާންދީ ނިންމާލީއެވެ. ވަނީ އެހެންތާއެވެ. ރައީސް ޔާމީނު ވަސިއްޔަތް ކުރެއްވީ ބޭރުން އަންނަ މިނިކާ ބާޒުތައް ޕާޓީ ޖަހައިގަތަ ނުދިނުމަށެވެ. ފޮޓޯއާއި ހުސްގޮނޑި ދައްކައިގެން ވެރިކަން ހޯދާދީ، ދެޕާޓީ ވެދުމަށް އެރުވީ ބޭރުން އައި މިނިކާ ބާޒަކަށް ނޫނެވެ. ބަނޑުދޮށުގައި ގެންގުޅެ ބޮޑުކުރި ކޮރަކައްޔަށެވެ. 

]]>
Sat, 02 May 2026 11:47:21 +0500 ހަވާ
މުއިއްޒުގެ ސިޔާސީ ގިނަ ބައިވެރިން ތިބީ ވެރިކަމަށް ފެންބޮވާފާ! https://heerasnews.com/4125 https://heerasnews.com/4125 ރައީސް މުއިއްޒެވެ. ނަޒާހަތްތެރިކަން އެތުރެންވާނީ މަތިން ތިރިއަށެވެ. މުއިއްޒުގެ ނެތް ނަޒާހަތްތެރިކަމެއް ދަށުން މަސައްކަތް ކުރާ މީހުންގެ ނުހުންނާނެއެވެ. އައްޔާޝީކަން ދައްކާ ސިއްރު ކުރަން އުޅޭނަމަ ދަށުގައި އުޅޭ މީހުން މާ ކުޅަދާނަ ވާނެއެވެ. މުއިއްޒާއެކުގައި މިއަދުވެސް ސިޔާސީ މަސައްކަތްކޮށްދޭން ތިބި ގިނަ މީހުންނަނީ އިހުލާސްތެރިންނެއް ނޫނެވެ. ހަނދާން ނެތިއްޔާ ހަނދާން އައުކޮށްލާށެވެ.

އެކީގައި އިސްކޮށް މަސައްކަތް ކުރަންތިބި ގިނަ މީހުންނަކީ މުއިއްޒާ އެއްގޮތަށް ވެރިކަމުގެ ދަހިވެތިކަމުގައި ދަނޑިވަޅު ބަލައިލަ ބަލައިލާ ތިބި ބައެކެވެ. ރައީސް ޔާމީނުގެ އަރިހުގައިތިބެގެން ކަންކުރި ބީދައިން ކަންނުކުރާނެ ކަމަށް އޮތީ ކޮން ގެރެންޓީއެއް ހެއްޔެވެ. ރައީސް ޔާމީނު ޖަލަށް ވަޑައިގަތުމުގެ ކުރީން މިނިކާ ބާޒަކު ޕާޓީ ޖަހައިގަތަ ނުދޭން ވަސިއްޔަތް ކުރެއްވީ ކަމެއް ވެގެންނެވެ. 

ޕީޕީއެމް-ޕީއެންސީ ތެރޭގައި ވެރިކަމަށް ފެންބޮވާފައި ތިބި ކިތަންމެ ބަޔަކު ތިބިކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވައެވެ. ވެރިކަމަށް އައުމުގެ ހުވަފެން ނުދެކެނެ މީހެއްކަމަށް އެންމެ ބޮޑަށް ގަބޫލުކުރެއްވުނީ އަބްދުއްރަހީމް (އަދުރޭ)އެވެ. އަދުރޭގެ ކެންޑިޑޭޓަކީ އެއްވެސް މީހަކު ޝައްކެއް ނުކުރެއެވެ. ރައީސް ޔާމީނު ނެތްތަނެއްގައި ރައީސް ޔާމީނުގެ ވަލީއާ ހަވާލުކުރަން ހުރިހާ ގޮތަކުންވެސް އެންމެ ރަނގަޅު މީހަކީ އަދުރޭ ކަމަށް ނިންމަވާ ދެޕާޓީ ހިންގަން ހަވާލު ކުރެއްވީ އިތުބާރު ކުރައްވާފައެވެ. 

2019 އިން ފެށިގެން 2021 ޖެހެންދެން އަބުދުއްރަހީމާއި މުއިއްޒަކީ މާގާތްކަމެއް އޮންނަ ބައެއްނޫނެވެ. އަދުރޭގެ ކެންޑިދޭޓަކީ ހަމަ ރައީސް ޔާމީނެވެ. ގައްސާން މައުމޫނަކީ ނައިފަރު ޝިޔާމާއި ބާރަށު ޝުޖާގެ އޭރުގެ ރިޔާސީ ކެނޑިޑޭޓެވެ. އެދުވަސްވަރު އަދުރޭ މީހުންގެ ގާތުގައި ގައްސާނަށް މުހާތަބުކޮށް އުޅެނީ “ޅަ ގޮޅާ” ގެ ނަމުންނެވެ. އެހެން އެކަން އޮއްވާ 2020 ވަނަ އަހަރުގެ ވަކި ހިސާބަކުން ބާރަށު ޝުޖާއާއި ޝިޔާމު ވެގެން އަބުދުއްރަހީމު ހައްދާލާ ދައްކަން އޮތް ލޯނެއްގެ ފައިސާ ދައްކާދިން ފަހުން ގައްސާނުގެ ޓީމާއި ގުޅުނެވެ. 

ނަމަވެސް 2021 ވަނަ އަހަރު މޭޔަރ އިންތިހާބާއި ހިސާބުން ގައްސާނު ދޫކޮށް މުއިއްޒާއި ގާތްވިއެވެ. ދެޕާޓީގެ ތެރޭގައި ގައްސާނުގެ އޮތް ވެރިކަމުގެ ޝައުގުގެ ވާހަކަދައްކާ ގައްސާނާއި މެދު އޮތް އިތުބާރު ގެއްލުވާލިއެވެ. ކަރުކެހޭ އަދި ތޮށަލި ކަށިމަތިފަދަ ކުޑައިމީސް ކުރާ މަލާމާތުގެ ބަސްތައް ޝުޖާއަށް ރައްދުކުރިއެވެ. ކޮންމެއަކަސް ގައްސާނުގެ ޝައުގު އަމިއްލަ ނަފުސުގެ ތެރޭގައި ހިފަހައްޓާލާ ހަމަބިމަށް ތިރިވެލީއެވެ. 

މާލެސިޓީ މޭޔަރ ކެންޕޭނުގެ ތެރޭގައި މުއިއްޒުގެ މަކަރުވެރި މަޅީގައި އަދުރޭ ޖައްސާ ރައީސް ޔާމީނަށް އޮތް އަދުރޭގެ ވަފާތެރިކަމަށް ލޮޅުން އަރުވާލީ މުއިއްޒުގެ ހީލަތްތެރި ދަލުގައި ޖައްސައިގެންނެވެ. އިބިލީހަށް ނުހެއްލޭ މީހާވެސް އާދަމުގެ ދަރީންގެ ހީލަތުގެ ދަލުގައި ޖެހޭކަމަށް ބުނެއުޅޭ ނޫން ހެއްޔެވެ.

ދައުލަތް ހުސްވަނީއެވެ. ޑޮލަރެއްގެ އަގު 20.25 ރުފިޔާއަށް ވެއްޖެއެވެ. ސައީދު ހެދި ދޮގުމަތީ ހުރެވެނީ އޭނާގެ ސާހިބާވެސް ދޮގު ހަދާތީއެވެ. ދުނިޔޭގެ އެކި ގައުމުތައް އަތްފުނާ އަޅާއިގެން ސިހުރުވެރިން ގެނަޔަސް ދެން ފަސޭހައެއް ނުވާނެއެވެ. ރައްޔިތުންގެ ހައްގުގައި އެހެން ވިސްނުމެއް އިސްކުރައްވަންވީ ވަގުތު އައިސް ޖެހިއްޖެއެވެ. މުއީޒުގެ ނުކުޅެދުންތެރިކަން ފޮރުވަން މީހުންތައް ވަޒީފާއިން ވަކި ކޮށްގެން ނުނިމެއެވެ. ގާތުގައި ހުއްޓާ ދޮންކަޅުވެސް ނޭގޭނެ ގޮތަށް ބަލިކޮށް އެކަހެރި ކުރާ ދުވަސް ދާދި ގާތްވެއްޖެއެވެ.

]]>
Thu, 30 Apr 2026 12:55:51 +0500 ހަވާ
މުއިއްޒު ލާދީނިއްޔަތު ފަތުރާދެނީ ޝޭހުން އެދޭގޮތަށް!؟ https://heerasnews.com/4112 https://heerasnews.com/4112 ސަރުކާރު ހިންގަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަމަށް ވަރަށް ގިނައިން ސަރުކާރުގެ ބަޔާން ތަކުގައާއި ދައްކާ ވާހަކަ ތަކުގައި ވެއެވެ. ދިވެހި ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު 2023 ގެ ކުރިން މ. ދިމްޔާތު މުހައްމަދު މުއިއްޒު ކިޔާ މީހަކު ނުދަނެއެވެ. މާލޭ މޭޔަރު ކަމަށް ހޮވުނީ ރައީސް ޔާމީނުގެ ނިވަލުގައެވެ. މުއިއްޒުގެ އަރިސް ބައެއް މީހުން ހާމަ ކުރާ ގޮތުންނަމަ މޭޔަރު ކަމަށް އައުމުގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން ވެރިކަމުގެ އުންމީދު އައީ ކުރަމުންނެވެ. 

ދިވެހިރާއްޖޭގެ ސަގާފަތަކީ ވެރިކަމަށް މީހަކު ހޮވުމަށް ވުރެ ބޮޑަށް ވެރިކަމުން މީހަކު ބޭލުންކަން 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މަސްރަހުން ފެންނަން އެބައޮތެވެ. އެގޮތުން 2023 ވަނަ އަހަރު ވެސް ވެރިކަން ބަދަލު ކުރަން ދިވެހީން ބޭނުންވެ އެކަން އެކަން އެ އޮތީ ކޮށްފައެވެ. އޭރުއޮތް ސަރުކާރާ ދެކޮޅަށް ދެއްކުނު އެއްވާހަކަ އަކީ އެމްޑީއެން ރިޕޯޓެއްގެ ވާހަކައެވެ.

2019 ވަނަ އަހަރުގެ ފެބުރުއަރީ މަހު އާންމުވި އެމްޑީއެންގެ ފުލް ރިޕޯޓަކީ އޭރުއޮތް އިދިކޮޅު މިއަދުގެ ވެރިކަން ކުރާ ޖަމާއަތުން ވަރަށް ބޮޑަށް ކުއްވެރި ކުރި ކަމެކެވެ. އެމްޑީއެން ރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގެ މައުލޫމާތުތަކާއި އެއްބަނޑު އެއްބަފާ ޒާތެއްގެ ކަންކަން ސާފުކުރުމަށްފަހު ހިޔުމަންރައިޓްސް ކަމިޝަން އޮފްދަ މޯލްޑިވްސް އިން 2024 ޑިސެމްބަރު 10 ވަނަ ދުވަހު “ބިޔޯންޑް ޓޫ ޑެކޭޑްސް: ޓްވެންޓީ އިޔާސް އޮފް ދަ “ރައިޓްސް” ސައިޑް ލައިފް” އާންމު ކުރިއެވެ.

މި ކަމަކީ ފަތިސް ނަމާދުން ފޭބި މަންޒަރުތައް އާންމުކޮށް ކެމްޕެއިންގައި ހާމަ ކުރަމުން ދީނީ ޝިޔާރުތައް ވިއްކަމުން ވެރިކަމަށް އައި ބައެއްގެ ވެރިކަމުން ފެނިގެން ދިޔަކަމެކެވެ. 

އެމްޑީއެން ރިޕޯޓާއި ހިޔަުމަންރައިޓްސްގެ ރިޕޯޓުގައިވެސް ހައްގުތައް ހިމާޔަތް ކުރުމުގައި ރައްޔިތުންނަށް މައުލޫމާތު ސާފުވެފައިވާ މިންވަރު ކުޑަކަމާއި، ދީނީ ކަންކަމާއި ގުޅިގެން ރައްޔިތުންނަށް އެގެން ޖެހޭ މިނިވަންކަމުގެ މައުލޫމާތު މަދުކަން ފާހަގަ ކޮށްފައިވެއެވެ. ހަމަ އެފަދައިން އެކި ޖިންސުތަކުގެ ހައްގުތަކާއި ގުޅޭ މައުލޫމާތާއި އަންހެން، ފިރިހެން އަދި އެހެނިހެން ޖިންސުގެ ވާހަކަ ދެ ރިޕޯޓުގައި ވެސް މައުލޫމާތު ރައްޔިތުންގެ ތެރޭގައި މަދުކަން ފާހަގަކޮށްފައިވެއެވެ.

ދެ ފޮޅުވަތް ދޭތެރެއިން ބަލާނަމަ ދެ ރިޕޯޓަކީވެސް އެއްކަހަލަ ވިސްނުންތަކެއްގެ މައްޗަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ލިޔުންތަކެއް ކަމަށް ގަބޫލު ކުރެވެއެވެ. ތަފާތަކީ ސިޔާސީ ގޮތުން ހުރި ވިސްނުމުގެ ތައާރުޒު ވުމެއް ކަމަށް ބެލެވިދާނެއެވެ. 2019 ވަނައަހަރު އެމްޑީއެން އިން އާންމު ކުރި ފުލް ރިޕޯޓު ނެރުނު ހިސާބުން އަދުގެ ސަރުކާރު ތެރެއިން ގޮވަމުން ދިޔައީ ލާދީނީ ޖަމާއަތެއްގެ ނިވަލުގައި ނެރުނު ރިޕޯޓެއް ކަމަށެވެ. 2024 ވަނައަހަރު ނެރެ އާންމު ކުރި އެޗްއާރސީއެމްގެ ރިޕޯޓަކީ ވަރަށްވެސް ދީނީގޮތުން ތަސައްރަފު ފުދިފައި ތިބި ބައެއްގެ ނިވަލުގައި ނެރެ އާންމު ކުރި ރިޕޯޓެކެވެ. 

ސަމޯއާ އެގްރީމަންޓް އަކީ އޯއޭސީޕީއެސް-އީޔޫ ޕާޓްނަރ ޝިޕް އެގްރީމަންޓެވެ. މި އެގްރީމަންޓްގައި ސޮއި ކުރީ 1 ޖުލައި 2024 ގައެވެ. ބައިނަލް މީޑިއާ ތަކުގައި ސިފަކޮށްފައިވަނީ “ ދިވެހިރާއްޖެއިން ތާރީހީ ސަމޯއާ އެގްރީމަންޓްގައި ސޮއި ކޮށްފި” ކަމެވެ. ސަމޯއާ އެގްރީމަންޓްގައި ސޮއި ކުރީ އޭރު ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައިވާ ސަފީރު ގީލާ އަލީ އެވެ.

ސަމޯއާ އެގްރީމަންޓަކީ އިސްލާމީ ބައިނަލް އަގުވާމީ ދީނީ ޖަމާއަތްތަކުން ސޮއި ނުކުރުމަށް އިލްތިމާސްކުރަމުން ގޮސްފައިވާ އެގްރީމަންޓެކެވެ. އިންސާނީ ހައްގުތައް ޔޫރަޕްގެ ގައުމުތަކެކޭ އެއްފަދައިން ޕްރޮމޯޓު ކުރުމަށް 1970 ގެ އަހަރުތަކުން ފެށިގެން އެކިއެކި ނަންނަމުގައި ކުރަމުން ގޮސްފައިވާ ކެމްޕެއިންގެ އެންމެ ފަހުގެ ނަމަކީ ސަމޯއާ އެގްރީމަންޓެވެ. މި އެއްބަސް ވުމުގައި ސޮއި ކުރުމަށް ދިވެހި ސަރުކާރުން ނިންމި ކަމަށް އަރުޝީފުން ފެންނަން އޮތީ 24 ޖޫން 2024 ގައެވެ.

ރިޔާސަތުގައި އިންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށާއި ގާނޫނު އަސާސީގައި ލިޔެފައިވާ މިންގަނޑު ތެރޭގައި ރައްޔިތުނަށް ވެރިކަން ކޮށްދެއްވާނެ ކަމަށް ގަންދީ ހުވާކޮށްގެން ހުންނެވި ރައީސުލް ޖުމަހޫރިއްޔާއެވެ. 

ދިވެހިރާއްޖޭގައި އިސްލާމިކް މިނިސްޓްރީއެއް ހުރިކަމެއް އަދި އެތަނުގެ ވަޒީރުގެ ބަހެއް އޮތްހެނެއް ހިޔެއް ނުވެއެވެ. އެހެން ވެދާނެއެވެ. އެ މަނިކުފާނު ވެސް އުޅުއްވަނީ ނަޒާހަތްތެރިކަން ގެއްލޭފަދަ ކަންކަމުގެ ޝިކާރަކަށް ވެގެންނެވެ. ބޮނަކުއާ ފުޅިއެއް މެދުގައި ބަހައްޓައިގެން ފެން ކިޔެވި މަންޒަރުތައް މުޅި ސޯޝަލް މީޑިއާގައެވެ. އުމްރާއަށް ގެންދިޔަ އަންހެން ކުއްޖަކާއިއެކު އާދަޔާއި ހިލާފު ގޮތަކަށް އުޅުނު ވާހަކައަކީވެސް ސޯޝަލް މީޑިއާގެ ސުރުހީތައް ކައްކުވާލި ހަބަރުތަކެކެވެ. އެ މަނިކުފާނަކަށް އެއްޗެއް ވިދާޅެއް ނުވެވޭނެއެވެ. ނަމަވެސް ދީނާ ގައުމުގެ ހައްގުގައި ބަސްބުނަމުން ހަރާމް ކަންކަމާއި ގޯސް ކަންތައްތަކުގެ ވާހަކަ ހަރުއަޑުން ގޮވި ޝޭހުންތަކުގެ އަޑު ކެނޑުން އިއްތިފާގެއްކަމަށް ވެގެން ނުވާނެއެވެ.

ދިވެހީން ދީނީ އިލްމުވެރިންދެކެ ފޫހިވެދާނެއެވެ. ދައްކާ ވާހަކަތަކަށް އިޖާބަ ނުދީފާނެއެވެ. ރަނަގަޅު ކޮށްލާށެވެ. މިނިސްޓަރު ދޫކޮށްލައްވާށެވެ. ހައްގުމަގަށް ރުޖޫއަ ވާށެވެ. ގޯސް ގޯސް ކުރާށެވެ. ރަނގަޅު ރަނގަޅު ކުރާށެވެ. އިސްލާމް ދީނަކީ އަނބު މޫސުން އަންނަހެން އަންނަ މޫސުކަމަށް ނުހައްދަވާށެވެ. އެމްޑީއެން ރިޕޯޓް ގޯސްވި ފަދައިން އެޗްއާރސީއެމް ރިޕޯޓުވެސް ގޯސްކަމަށް ވިދާޅުވާށެވެ. އަދި ސަމޯއާ އެގްރީމަންޓް މާ ބޮޑަށްވެސް ގޯސް ކަމަށް ވިދާޅުވާށެވެ. 

ދީނީ އިލްމުވެރިންނާއި ގައުމުގެ ދޮށީ ބޭބޭފުޅުން ސަމޯއާ އެގްރީމަންޓް ފަދަ ކަންކަން ކަމަކަށް ނުހެދުމުގެ ނަތީޖާއަކީ ސަރުކާރުގެ އެންމެ މަތީ އޮފީހުގެ ހުރުމަތް ކެނޑުމެވެ. ސަމޯޢާ އެގްރީމަންޓުގައި ސޮއި ކުރި ފަރާތަށް މިނިސްޓަރުކަން ދިނުން ރައީސް އޮފީހުގެ ސޯފާތަކުގެ ކަރާމާތް ކަނޑާލި ފަރާތަކަށް ކަމަކަށް ނުވެދާނެއެވެ.

ސަރުކާރުގެ ގޯސްތައް އާންމުވާނަމަ ދީނީ އިލްމުވެރިންވެސް ރާއްޖޭގައި ޒިންމާ ނަންގަވަން ޖެހޭނެއެވެ. ގޯސްތައް ގިނަވެގެން ދާނަމަ އެއީ އާދައިގެ ކަމަކަށް ވެގެން ދާނެއެވެ. ދޮގު ހެދުމާއި، އައްޔާޝީ ކަންކަމާއި ދުރުހެލި ވުމަށް ނަސޭހަތްތެރި ވުމަކީ އިލްމުވެރިންގެ ޒިންމާއެކެވެ. އެ ޒިންމާ ނަންގަވާށެވެ. އެކަންކަމަށް ޗުއްޕުވެސް ނުބުނަނީ މުއިއްޒު ލާދީނިއްޔަތު ފަތުރާދެނީ ޝޭހުން އެދޭގޮތަށް ކަމަށް ވާތީހެއްޔެވެ.

]]>
Sun, 26 Apr 2026 10:40:45 +0500 ހަވާ
ގެއްލިފައިވާ ތައީދު ފޮރުވަން ކުރާ ފިނޑިއަމަލެއް: ޝާހިދު https://heerasnews.com/3002 https://heerasnews.com/3002 ރައީސް ޑރ. މުޙަންމަދު މުޢިއްޒުގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ ޢަލީ ޝިޔާމްގެ މައްޗަށް އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، ޖިނާއީ ތަޙްޤީޤެއް ހިންގުމަށް މިއަދު ނިންމި ނިންމުން ނުހަނު ކަންބޮޑުވުމާއި އެކު ކުރީގެ ހަރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް ޢަބްދުއްލާ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މިއީ ރައީސް ޞާލިޙްގެ ވެރިކަމުގައި ގާއިމު ކުރެވިގެންދިޔަ ހެޔޮވެރިކަމާއި ޑިމޮކްރަސީގެ ރީތި އުސޫލުތައް ނައްތާލުމަށް ކުރެވޭ މަސައްކަތެކެވެ. "މިއީ މިއަދުގެ ސަރުކާރަށް ކުރިމަތިވެފައިވާ ނާކާމިޔާބީ އާއި، ގެއްލިފައިވާ ތާޢީދު ފޮރުވައި، ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރާ ފިނޑި މަސައްކަތެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ޝާހިދު ވިދާޅުވީ " މި މަސައްކަތަކީ، އިތުރުވަމުންދާ ދަރަނިތަކާއި އަދި ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަން ނިގުޅައިގަންނަމުންދާ މައްސަލައިގައި މި ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވުމުގެ ބަދަލުގައި، ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް ބަދަލު ކުރުމަށް ކުރަމުންދާ ކަމެއް" ކަމަށެވެ. 

މިފަދަ ނާތަހުޒީބީ އަމަލުތައް ހުއްޓާލައި، ޒިންމާދާރު ކަމާއި އެކު ވެރިކަން ކުރުމުގެ މަގަށް ސަރުކާރުގެ އަމަލުތައް ބައްޓަން ކުރުމަށް ވެސް ޝާހިދު ގޮވާލައްވައެވެ.

]]>
Thu, 12 Dec 2024 19:23:23 +0500 ހަވާ
ރައީސް ހުރިތާކަށް ހައްގު ހޯދަން ރައްޔިތުން ދާންޖެހޭ! https://heerasnews.com/2996 https://heerasnews.com/2996 އިންސާނީ ހައްގުގެ ދުވަހު ހައްގު ހޯދަން އެންމެން ނިކުމެ ނަތީޖާ ނެރެން އެބަޖެހެއެވެ. ރައްޔިތުން ފަޅީގައި ހުރެގެން ރައްޔިތުން ބިކަކޮށް ގަންހިންގާ ރައިސް މުއިއްޒު ބޮލަށް ރަނގަޅަށް ތެޔޮ އަރައިފިއެވެ.

އޭނާ ހުރިތާކަށް ރައްޔިތުންގޮސް ހައްގު ހޯދަން އުޅެފާނެތީ ގަންނާ ކުރައްވާ ބިރުން މާދަމާ ރޭ އޮންނަ ޖަލްސާއަށް މާލެއާއި ކައިރި ރަށްރަށުން މީހުން މާލެ އަރާފާނެތީ އަރިއަތޮޅާއި މާލެއަތޮޅުގެ ރަށްރަށަށް އަރާ ނަކަސް ތެޅިއަކަސް މީހުން ތިބީކީ ގުނބޯހެދޭ ގޮތަކަށް ނޫނެވެ. 

އާސަންދައެއް ނުކަނޑާނަމޭ ބުނެ ބޭސްވިއްކާ މީހުނަށް ވަގަށް ގޮވީމާ ތަނެއް ދޮރެއް ނުބަލާ އަޅުކުދިން ބާރަށް އަތްޖެއްސަސް މީހުންނަށް ޖެހެމުންދާ ތަކުލީފު އެމީހުނަށް އެނގެއެވެ. ބޭނުންވާ ބޭސް ނުލިބިގެން މަރަށްތެޅޭ މީހުންގެ އާއިލާތަކަށް ކުރިން ނުޖެހޭ ތަކުލީފު ޖެހޭކަން އެމީހުންނަކަށް އޮޅުވައެއް ނުލެވެނެއެވެ. 

ސަބްސިޑީ ނުކަނޑަމޭ ބުންޏަސް ކުރިން ދެއްކި ވަރަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކަރަންޓް ބިލާ ފެންބިލު ދައްކަން މިހާރު ޖެހޭކަން ގޭބިސީތަކަކަށް ނޯޅޭނެއެވެ. 

އޯވަޓައިމާއި އެތައް އިނާޔަތެއް ކެނޑި ކުރިއަށްވުރެ މަދުފައިސާކޮޅެއް ގެއަށް ގެންދަން ޖެހުމުން މުއައްޒަފުންނަށް އެކަމެއް އޮޅުވައެއް ނުލެވޭނެއެވެ. 

މަސްވެރިންނަށް ތެލާއި އައިސް ލިބުމުގައި ކުރިން ނުޖެހޭ އުދަނގޫ ޖެހުނީމާ އެކަމެއް ނޯޅޭނެއެވެ. މުޒާހަރާ ނުކޮށް ކިރިމަހަށް ލަރި ދީފައިނެތް ކަން މަސްވެރިންނަށް އެނގެއެވެ. މަހުގެ އަގު 25 އިން 15 އަށް ތިރިކުރުމުން އެކަން ހަޖަމެއް ނުވާނެއެވެ. 

ދުނިޔެ ބަލަން ބައިހަދާފައި ކެނޑިނޭޅި ފަސްޓް ކުލާހުގައި ދަތުރު ކުރަމުން އާރުޓީއެލްގެ އަގުބޮޑު ކުރަން ނިންމާ ދަތުރުފަތުރު ރަނަށްވެއްޖެއެވެ. ސަރުކާރުން ޓެކްސީ ކުރަން އުޅުނީމާ ހީގަނެގެން މިހުނެއް ނުތިބެނެއެވެ. 

ޓެކްސްތައް ބޮޑުކޮށްގެން މެދު އަދި ދަށްފަންތިގެ ގެސްޓުން އައުން މަދުވެ ގެސްޓް ހައުސް ވިޔަފާރިތައް ބަނގުރޫޓުވެ ދަރަނިވެރިވުމަކަށް ރުހިގެން ނުތިބޭނެއެވެ. 

ގޯތިތައް ނުދީ ދިގު ދަންމާ ފްލެޓްތައް ހަވާލުނުކޮށް އޮޅުވާލާ އޮޅުވާލުން ރުހި ގަބޫލުވެގެން މީހުނެއް ނުތިބޭނެއެވެ. 

ވެރިންނާއި ވެރިންގެ އައުވާނުން ދައުލަތް ފުޅިއްސާލަމުން މިހާރު ރައްޔިތުންނަށް ހިތިބޭސް ދީގެން 2026ގައި ވާނެ މޮޅެއްގެ ވާހަކަ  ދައްކައިގެން ރައްޔިތުން ވަލެއް ނުވެއްދޭނެއެވެ. 

ހަމަތެދެކެވެ. މުއިއްޒުގެ އުނދަގުލުން ރާއްޖެ މިންޖުނުކޮށް ފަސް އަހަރު ވަންދެން ލިޔަތީ އޮތަދޭކަށް ނުޖެހެއެވެ. ދޮގުހެދުމާ އޮޅުވާ ލުމުގައި އޭނާ ހުރީ އެނދު ކެނޑެފައެވެ. ބީތާ ކެޔޮޅަކު ބަހައްޓައިގެން ކަނޑުދުވަން ނިކުމެއުޅެގެން ފުރިތާ ނުޖެހި ކަނޑުވުމުގެ ކުރިން އޮޑިސަލާމަތް ކުރަން ޖެހެއެވެ. 

]]>
Mon, 09 Dec 2024 22:53:52 +0500 ހަވާ
ސިވިލް ސަރވިސް ކޮމިޝަންގެ ނިންމުންތައް ބާތިލް https://heerasnews.com/2993 https://heerasnews.com/2993 21 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ގެޒެޓް ކުރެވުނު ޤާނޫނު ނަންބަރު 2020/15 (ދިވެހި ސިވިލް ސަރވިސް ޤާނޫނު 2007/5 އަށް 5 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނު) އަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާ ގާނޫނެކެވެ. މި ގާނޫނުން ދިވެހި ސިވިލް ސަރވިސްގެ ގާނޫނު 5/2007 އަށް 3 އިސްލާހެއް ގެނެވިފައިވެއެވެ. މިއިސްލާހުތަކުން އެންމެ ފާހަގަކޮށްލެވޭ އެއް އިސްލާހަކީ 3 ވަނަ އިސްލާހުގެ އެންމެ ފަހުބަޔެވެ. އެއީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު 2007/5 ގެ 18 ވަނަ މާއްދާއަށް 13 ވަނަ މާއްދާއެއް އިތުރުކޮށް ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިކޯޑު ބަލަހައްޓާނެގޮތް ތަފްސީލްކޮށް ބުނެދީފައިވާ އިސްލާހެވެ.

13.18 ވަނަ މާއްދާއިން ލާޒިމުކުރާ ކަންކަން ވަރަށް ސާފެވެ. އެމާއްދާގެ އަކުރުތައް ބުނެދޭ ވާހަކައަށް ވިސްނާލާށެވެ. 

  • (ހ) ބުނާގޮތުން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔެ ބަލަހައްޓަންވާނެވެ. އަދި އެ ބައްދަލުވުންތަކުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
  • (ށ) ބުނާގޮތުން ޔައުމިއްޔާ ލިޔެ ތައްޔާރުކުރަންވާނީ މެންބަރުން ދައްކާ ވާހަކައަށް އުނިއިތުރެއް ނުގެނެސް ކޮމިޝަނުގެ މެންބަރަކު ދައްކާ ވާހަކައެއް އެ ދެއްކި ގޮތަކަށް ޔައުމިއްޔާއިން ފެންނާނެ އަދި ޖަލްސާގައި ކަންހިނގާދިޔަގޮތް ސާފުކޮށް އެނގޭނެ ގޮތުގެމަތިންނެވެ.
  • (ނ) ބުނާގޮތުން ކޮމިޝަނުން އެއްވެސް ތަހުގީގެއް ހިންގައިފިނަމަ ނުވަތަ އެއްވެސް ހެކިބަހެއް ހޯދައިފިނަމަ އަކުރުން އަކުރަށް ޔައުމިއްޔާ ކުރަންވާނެއެވެ. އަދި އެ ތަހުގީގުގެ އޯޑިއޯ ރެކޯޑިންގ ބަލަހައްޓަންވާނެއެވެ.
  • (ރ) ބުނާގޮތުން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގައި ކޮމިޝަނުގެ މެންބަރުންގެ ހާޒިރީއާއި ވޯޓުދިން ގޮތުގެ ތަފްސީލު ހިމަނަންވާނެއެވެ.
  • (ބ) ބުނާގޮތުން ކޮމިޝަނުގެ ބައްދަލުވުންތަކުގެ ހާޒިރީ ކޮންމެ މަހަކު އެއްފަހަރު ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިއު ކުރަންވާނެއެވެ.
  • (ޅ) ބުނާގޮތުން އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތްނަމަވެސް މި މާއްދާގެ (ހ) އަދި (ނ) ގައިވާ ލިޔެކިޔުންތަކާއި ރެކޯޑިންގތައް މަދުވެގެން 10 (ދިހައެއް) އަހަރުދުވަސް ވަންދެން ކޮމިޝަނުން ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ.

ނަމަވެސް ސިވިލް ސަރވިސް ކޮމިޝަނުން އަމަލުކުރަމުން ދަނީ މި ގާނޫނާއި އަދި މި މާއްދާއާވެސް ކަނޑައެޅިގެން ހިލާފަށެވެ. ދައުލަތުގެ އެތައް ހާސް މުވައްޒަފުންނެއްގެ ބެލެނެވެރި ފަރާތަށް ވާއިރު އަދި ސިވިލް ސަރވިސްގެ ގަވާއިދާއި އުސޫލުތައް ހިތު ހުރިހާ ގޮތަކަށް ބަދަލުކޮށް މުވައްޒަފުންނަށް ތަފާތު އެކި ފިޔަވަޅުތައް އަޅަމުންދާއިރު، ކޮމިޝަނުގެ މެންބަރުން ތިއްބަވަނީ ގާނޫނަށް ވުރެ މާ ބޮޑަށް ވެސް މަތީގައެވެ.

އިސްވެ ދެންނެވުނު މާއްދާއަށް އެ ކޮމިޝަނުން އަމަލު ނުކުރާކަމަށް އެ ކޮމިޝަނުގެ ގިނަ މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނާއި އަދި އެ ކޮމިޝަނުން އެކި ފިޔަވަލުތައް އަޅާފައިވާ މުވައްޒަފުން ހެކިވާނެއެވެ. އެނގޭނެއެވެ.

ދެންނެވުނު މާއްދާއަށް ގޮންޖަހައި ސިވިލް ސަރވިސް ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކަށް "ޑެއިލީ ބްރީފިންގ" ގެ ޓެގް ދީގެން ކަންކަމާ މަޝްވަރާކޮށް ނިންމުންތައް ނިންމައި އެ ނިންމުންތަކުގެ މައްޗަށް އަމަލުކުރަމުންދާތާ ހަތަރު އަހަރަށް ވުރެ ގިނަ ވެއްޖެއެވެ. މި ބައްދަލުވުންތަކަކީ ކޮމިޝަނުގެ މެންބަރުން ތިބެ، ކޯރަމް ހަމަކޮށް، ކަންކަން އެޖެންޑާ ކުރެވިގެން ބާއްވާ ނަމުގައި ނުރަސްމީ، ކަމުގައި ރަސްމީ ބައްދަލުވުންތަކެކެވެ. 

މިދިޔަ އަހަރު ކޮމިޝަނުން ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކިޔައިދިންގޮތުގައި ކޮމިޝަނުގެ ބައްދަލުވުންތަށް ބާއްވަނީ ގާނޫނާ ހިލާފަށެވެ. އޭނާ ވަޒީފާއިން ވަކިކޮށްގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށައަޅަން އޭނާ ވަޒީފާއިން ވަކިކުރި ބައްދަލުވުމުގެ މެންބަރުންގެ ބަހުސްގެ ލިޔެކިޔުންތަށް ހޯދަން އެދުމުން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެއީ ޔައުމިއްޔާ ނުކުރެވޭ ބައްދަލުވުމެއްގައި ނިންމާފައިވާ ނިންމުމެއްކަމަށް ލިޔުމުން އެފަރާތަށް އަންގާފައެވެ. 

އޭނާ ބުނިގޮތުގައި ވަޒީފާގެ ކަންކަމަށް ބަހުސް ކުރުމަށް ބާއްވާ މިބައްދަލުވުންތަކުގައި ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަވައެވެ. އަދި މަދުވެގެން 3 މެންބަރުންގެ ކޯރަމްވެސް ހަމަ ކުރައްވައެވެ. އަދި ބަހުސްކޮށް ސިސްޓަމަށް ނިންމުންވެސް އަޅައެވެ. އަދި އެނިންމުމާ ގުޅިގެން ވަޒީފާއިން ވަކިވެސްކުރެއެވެ. ނަމަވެސް މެންބަރުން ކުރި ބަހުސް ރިކޯޑު ނުކުރާތާ އަކުރުން އަކުރަށް ޔައުމިއްޔާވެސް ނުކުރެއެވެ.

އޭނާ ކިޔައިދިންގޮތުގައި ވަރަށް ފަހުންވެސް ސްކޫލެއްގެ ޕްރިންސިޕަލެއް މައްސަލައެއްގައި ތުހުމަތުކޮށް ސަސްޕެންޑްކުރިއެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރާނެ ހާލަތެއް ނެތްކަމަށްބުނެ ފަހުންވަނީ އެހެން ސްކޫލަކަށް ބަދަލުކުރަން ނިންމާފައެވެ. މިކަމަށްވެސް ބަހުސްކޮށް ސިސްޓަމަށް ނިންމުންވެސް އެޅިއެވެ. ނަމަވެސް މިކަމުގެވެސް ބަހުސްގެ ރިކޯޑެއް އަދި އަކުރުން އަކުރަށް ޔައުމިއްޔާއެއްވެސް ނެތެވެ. އޭނާ އެހެން ސްކޫލަކަށް ބަދަލު ކުރަން ނިންމި ނިންމުން ބިނާ ކުރާ ސަބަބުތައް ވެސް އެނގެން ނެތެވެ.

"ހަމަ ހުރެ ބައްހައްޓާފައި، އޭނަ ބަދަލުކޮށްލާ! އޭނަ ވަކި ކޮށްލާ! މިހެން ބުނެ ނިންމުން އަޅާލަނީ. ނިންމުމުގަ އިންނާނެ މިސާލަކަށް މިވެނިމީހެއް މިވެނި ސްކޫލަކަށް ބަދަލުކުރަން ކޮމިޝަނުގެ މިވެނި ނަންބަރެއްގެ ޑެއިލީ ބްރީފިންގ އަކުން ނިންމިއެވެ. އެބުނާ ޑިއިލީ ބްރީފިންގ އަކީ ނުރަސްމީ ޖަލްސާއެއް ނަމަ އެއްވެސް ނިންމުމެއް އެ ޖަލްސާއަކުން ނުނިންމޭނެ. ނިންމައިފިނަމަ ކަނޑައެޅިގެން ގާނޫނާ ހިލާފް އެވީ. މި ގޮތަށް ހުންނާނެ ބައެއްފަހަރު ނިންމުން ނާޅާ ވެސް ވަކި ގޮތަކަށް އަމަލު ކުރަން ބުނެފަ. ފަހުން ނިންމުންތަށް ގަވާއިދުން އަޅަން މަޖުބޫރުކުރުވީ ކުރީގެ ސެކްރެޓަރީ ޖެނެރަލް. އެއީ މެންބަރުން ކަންކަން ކުރަން ބުނެފަ ފަހުން ހަނދާނެއް ނުހުރޭ، މުވައްޒަފުންގެ ބޮލުގައި އަޅުވާތީ، އެގޮތަށް ނިންމިކަން ލިޔުމުން ފެންނަ ގޮތް ހަދަންވެގެން. މި ބުނާ ޖަލްސާ އަކުރުން އަކުރަށް ޔައުމިއްޔާ ނުކުރާތާނގާ އެންމެ އަކުރެއްވެސް ނުލިޔޭ!"

ސިވިލް ސަރވިސް ކޮމިޝަނުގެ 5 މެންބަރުން ދަނީ މިހާރުވެސް ގާނޫނާ ހިލާފު ބައްދަލުވުންތަށް ބާއްވާ ނިންމުންތަށް ނިންމަމުންނެވެ. ދާދިފަހުންވެސް އެޑިއުކޭޝަން މިނިސްޓަރ ޕޯޑިއަމްއެއްގަ ދެއްކެވި ވާހަކައަކަށްވެސް 300 ވަރަކަށް ޕްރިންސިޕަލުންނަށް ހެއްކެއްނެތި އަދަބު ދީފާވާކަމަށާއި، މުވައްޒަފުންނަށް އަނިޔާވެރިވެފައިވާ ކަމަށް ބުނެފައިވެއެވެ.

]]>
Mon, 09 Dec 2024 14:13:33 +0500 ހަވާ
ދިމްޔާތާއި ޒޭވަރުން ދައުލަތަށް އެތައް ބިލިޔަނުގެ ގެއްލުން! https://heerasnews.com/2990 https://heerasnews.com/2990 ރައީސް ސޯލިހު ވެރިކަމުގައި ދިން ގޯއްޗެއް ދިން ތާކުން ދިން މީހަކަށް ދޭނެކަމަށް ބުނެ ވައުދުވެގެން ވެރިން ހޯދި މުއިއްޒުގެ ވެރިކަމަށް އަހަރުވެއްޖެއެވެ. ދިން ތާކުން ދިން މީހަކަށް ގޯތިތައް ހަވާލެއް ނުކުރިއެވެ. އެކި ބަހަނާ ދައްކައިގެން މާލެ ސަރަހައްދުން ގޯތިތައް ނުދީ ވާން އޮތް ހުރިހާ ގޮތެއް މުއިއްޒު ދަނީ ހަދަމުންނެވެ. މާލޭ ރައްޔިތުންގެ ތެރެއިން 9000 އާއިލާއަށް ގޯތި ދިނުން ބޮޑު ގެއްލުމަކަށް ވެގެން މުއިއްޒާ ފަޒުލް އެބަ ތެޅެފޮޅެއެވެ.

މާލޭގެ 9000 އާއިލާއަކަށް މާލެ ސަރަހައްދުން ގޯތިދިނުމުން މާލޭގެ އަގުބޮޑު ބިމޭ ކިޔައިގެން ޒާތްޒާތުގެ ފަސާދަ މުއިއްޒު އުފައްދާއިރު މާލޭގެ ހިއްކިބިމުގައި ދިމްޔާތު އަޅައިގެން މުއިއްޒު ވިޔަފާރި ކުރަނީ ވަށަފަރު ހުސައިން އަބްދުއްރަހުމާނު ވިހޭއިރު މަހަކަށް ވެއްޓުނު ބިމަކަށް ވެގެން ހެއްޔެވެ. އެ ބިންވެސް ހިއްކާފައިވަނީ ރައްޔިތުންގެ ފައިސާއިންނެވެ. ދިނީ ހިލެއެވެ. ދައުލަތުގެ ފައިސާ ހޭދަކޮށްގެން ހިއްކި ބިމެއް ހިލޭ ހޯދައިގެން މުއިއްޒު ބާލުހާނާ ހިންގަން އޯކޭއެވެ. އޭރުވެސް މާލޭގެ ބިމަކީ ރަނެވެ. 

އަނެއްކޮޅުން މާފަންނު ޒޭވަރަކީ ހަނީސަކްލް އަބްދުއްރަޝީދު ފުލުސްކޯޓުގެ ގާޒީކަމުގައި އިނދެ މޭޒުމަތީ ބަރާއި މޭޒުފައި ހެކިދީގެން އިއްވި އަނިޔާވެރި ހަރާން ހުކުމްތަކުގެ ގަނީމާކަން އޮޅެގެން އުޅެނީ ކާކަށް ހެއްޔެވެ. މާލޭގެ ރަންބިމުގެ ފައިދާ ފަޒުލް އާއިލާއިން ނަގާތާ ކިހާ ޒަމާނެއް ހެއްޔެވެ. އެކަން ގެއްލުމަކަށް ނުވޭހެއްޔެވެ.

މާލޭގެ ރަންބިމުން ދިމްޔާތާއި ޒޭވަރު ހިލޭ ދިން ފަހުން މިވީހާ ތަނަށް އެންމެ ހަތަރުއަނާވެސް އެތަންތާކުން ސަރުކާރަކަށް ނުލިބެއެވެ. ހިލޭ ދީފައިވާ ބަންޑާރަ އެ ދެގޯތިން އެކަނިވެސް ދިވެހި ދައުލަތަށް އެތައް ބިލިޔަން ރުފިޔާގެ ގެއްލުންވަނީ ލިބިފައެވެ. މާލެ ސަރަހައްދުން ކުރީ ސަރުކާރުން ދިން 9000 ގޯތި ދީގެން ލިބޭ ކަމަށް ބުނާ ގެއްލުމެކޭ ދިމްޔާތާއި ޒޭވަރު ދީގެން ދައުލަތަށް ގެއްލުން ލިބުމެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ. ސަރުކާރުން ލޯނު ނަގައިގެން ބޮޑު ހޭދަކޮށްގެން ބަންޑާރަ ގޯތި ދިނީކީ އަލަކަށް ނޫނެވެ. 

އެޗްޑީސީއަކީ މުއިއްޒާއި ފަޒުލުގެ ފޫޅުދަނޑިއާ ގުޅީފައި އޮތް މަހެއް ނޫނެވެ. ސަރުކާރުން ގެއްލުމާއި ފައިދާއަށް ޒިންމާވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. ރައްޔިތަކަށް ސަރުކާރުން ކޮށްދޭ ކަމަކުން އެއްވެސް ޒިންމާއެއް އެޗްޑީސީ އުފުލަން ޖެހެންޏާ އެކަމުގެ ޒިންމާ އެއިރަކު އޮންނަ ސަރުކާރަކުން އުފުލާނެއެވެ. އެކަން ހަމަޖައްސާނީ މުއިއްޒާ ފަޒުލުގެ މިލްކިއްޔާތަކުން ނޫނެވެ.  

ގޯތި ދިނުމުގެ ގެއްލުމުގެ ވާހަކަ އަޑުގަދަކޮށް ދައްކަމުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ހުޅުމާލޭން އެތައް ބިމެއް ފަޒޫލާއި މުއިއްޒުގެ މަސްލަހަތުގައި ފުޅިއްސާ ލައިފިއެވެ. މާލޭ ރަންބިމުގައި އާއިލީ ބޮޑެތި ބިންތައް ހުރެ ފަޒުލުގެ އަނބިދަރިންނަށާއި މުއިއްޒުގެ އައުވާނުނަށް ދައުލަތުގެ ފައިސާ ދަވައިގެން މޭޒުދަށުން ބިން ވިއްކަން މާލެ ސަރަހައްދުގެ ބިންތައް ގޯތި ނުދީ ބާއްވާކަށް ލާހިކެއް ނޫނެވެ.   

]]>
Sat, 07 Dec 2024 13:00:00 +0500 ހަވާ
ހޮޅިވެރިކަމެއްގާ ފަތުރުވެރިކަން ނޭވާ ހޮޅިއަށް https://heerasnews.com/2981 https://heerasnews.com/2981 އިއްޔެއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ކަޅު ދުވަހެކެވެ. ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ކަތިލަން ވަޅިތޫނު ކުރާންފެށި ދުވަހެވެ. ސަމާސާ ރާގެއްގައި ދައްކާލެވޭ ވަރަށްވުރެ ކަމަކީ ސީރިއަސް ކަމެކެވެ. އިއްޔެއަކީ މުޅި ގައުމަށް އަންނަން އޮތް ބިރުވެރި ކަމެއްގެ ފެށުން ފެށުނު ދުވަހެވެ. 

އިއްޔެއިން ފެށިގެން ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ އަތުން ހައްގަކާނުލާ ޓެކްކުހުގެ ގޮތުގައި އެތައް ސަތޭކަ ޑޮލަރެއް ނަގަން ފަށައިފިއެވެ. ފަތުރުވެރިންނަށް ރާއްޖޭދޭ ހިދުމަތެއްގެ ކުޑަ މިންވަރެއް ވެސް ރަގަޅެއް ނުވެއެވެ. ލިޔެއްނުވެއެވެ. ވިއްޔާވީ ގޯހެވެ. ވީ އުނދަގުލެވެ. އެއަރޕޯޓް ޑިވްލޮޕްމަންޓްފީ ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ނަގާއިރު އެއަރޕޯޓުން ގެސްޓުމީހާއަށް ލިބޭ ހިދުމަތް ސުމެކެވެ. އެއަރޕޯޓް ޑިވްލޮޕްމަންޓްފީގެ ނަމުގައި ކިތަންމެ ޑޮލަރެއް ނެގިޔަސް ހުޅުލެއަށް އެރީއްސުރެ ބޯޓް ނައްޓާލަންދެން އެއަރޕޯޓުގެ ފަރާތުން ގެސްޓުމީހާއަށް ލިބޭ އެހިތެރިކަމެއް ލުޔެއް ފަސޭހައެއް ވަކިނޯވެއެވެ. ފާހާނާއަކަށް ވަނަސް ބޯފަޅައިގެން ދާހާވެއެވެ. ޓިސޫކޮޅެއްހާ ހިސާބު ނުހުންނަނީ މަދެއްކޮށް ނޫނެވެ. އެވާހަކަ ބާއްވަމާ ހެއްޔެވެ. 

ފުރާ ކޮންމެ ގެސްޓެއްގެ އަތުން އެއަރޕޯޓް ޑިވްލޮޕްމަންޓް ޗާރޖުގެ ނަމުގައި ކުރިން ނެގި 30 ޑޮލަރުގެ ބަދަލުގައި 50 ޑޮލަރ އިއްޔެއިން ފެށިގެން ނަގާނެއެވެ. އެކޮނޮމީ ކްލާހުން ފުރާ ކޮންމެ ބޭރު މީހެއްގެ އަތުން ކުރިންނެގި 30 ޑޮލަރުގެ ބަދަލުގައި ދެން ނަގާނީ 50 ޑޮލަރެވެ. އެހެން ކަމުން ކުރިން ފުރާ ކޮންމެ ގެސްޓަކު ހޭދަކުރި 60 ގެ ބަދަލުގައި އެކޮނޮމީ ކުލާހުން ދަތުރުކުރާ ކޮންމެ ބަޖެޓް ގެސްޓަކު މިހާރު 100 ޑޮލަރު ދައްކަން ޖެހެއެވެ.  

ވީޑިއޯ: ފަސްޓްޕޯސްޓް އެމެރިކާ

ޓޫރިސްޓެއް ދިވެއްސެއް ތަފާތުނުކޮށް ބިޒްނަސް ކްލާހުގައި ފުރާ ކޮންމެ ގެސްޓް ޓެއްގެ އަތުން އެއަރޕޯޓް ޑިވްލޮޕްމަންޓަށާއި ޑިޕާޗަރ ޓެކުސްގެ ގޮތުގައި ކުރިންނަގަނީ ޖުމްލަ 120 ޑޮލަރެވެ. ނަމަވެސް އިއްޔެއިން ފެށިގެން 240 ޑޮލަރު ނަގައެވެ. އަނެއްކޮޅުން ފަސްޓްކުލާހުން ދަތުރުކުރަންޏާ ކޮންމެ މީހެއްގެ އަތުން ކުރިންނެގި 240 ޑޮލަރގެ ބަދަލުގައި އެއަރޕޯޓް ޑިވްލޮޕްމަންޓަށާއި ޑިޕާޗަރ ޓެކުސްގެ ގޮތުގައި މިހާރު ނަގަނީ 480 ޑޮލަރެވެ. 

ޕްރައިވެޓް ޖެޓްގައި ފުރާ ކޮންމެ މީހެއްގެ އަތުން އެއަރޕޯޓް ޑިވްލޮޕްމަންޓް ފީއަށާއި ޑިޕާޗަރ ޓެކްސްއަށް ކުރިންނެގީ 480 ޑޮލަރެވެ. އިއްޔެއިން ފެށިގެން ޕްރައިވެޓް ޖެޓްގައި ފުރާ ކޮންމެ މީހަކު 960 ޑޮލަރ ދައްކަންޖެހެއެވެ. ޑިޕާޗަރ ޓިކްސްއާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ފީ ދެގުނަ ބޮޑުކޮށް ގްރީންޓެކްސް ދެގުނަ ބޮޑުކޮށްލުމަކީ ރާއްޖޭގެ ޓޫރިޒަމަށް ސަރުކާރުން ދިން ނުރައްކާތެރި ހަމަލާއެކެވެ. ރާއްޖޭގެ އެންމެ ވަރުގަދަ ސިނާއަތަށް ދިން ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. 

ފައިސާގެ ދަހިވެތިކަމުގައި ރާއްޖޭގެ ޓޫރިޒަމަށް ސަރުކާރުން ދިން މިހަމަލާގައި ފުޑިގެންދާނީ އެއްބައެއް ދެބައެއް ނޫނެވެ. އާދައިގެ ރިސޯޓްތަކަށާއި ގެސްޓް ހައުސްތަކަށް އަންނަ ބަޖެޓް ގެސްޓުންކުރެ ކޮންމެ މީހެއްގެ ޓިކެޓްގެ ތެރެއަށް އިތުރު 40 ޑޮލަރއާއި ޖީއެސްޓީ ވަނުމުން ބަޖެޓްކޮށްގެން އަންނަ ގެސްޓުން އައުން އެތައް ތަނެއް މަދުވެގެން ދާނެއެވެ.

ނަތީޖާއަކަށް ވާނީ ބޮޑެތި ލޯނު ނަގައިގެން އިންވެސްޓްކޮށްގެން އުޅޭ އާދައިގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގައި ވަޒީފާ އަދާކުރާ އެތައް ބައެއްގެ ވަޒީފާ ގެއްލުމެވެ. ހާލަކުން އަންނަ މަދު ގެސްޓުން ކޮޅަށްވެސް އެކަށީގެންވާ ގޮތެއްގައި ހިދުމަތް ނުދެވުމެވެ. އާދައިގެ ރިސޯޓްތަކާއި ގެސްޓް ހައުސްތައް ބަނގުރޫޓްވެ ބަންދު ކުރަން ޖެހުމެވެ. އެ ތަންތާނގެ ވެރިން ލޯނުތައް ނުދެއްކިގެން ދަރާވިކި ގެދޮރު ނީލަން ކިޔާ ހިސާބަށް ދިޔުމެވެ.    

]]>
Mon, 02 Dec 2024 12:30:00 +0500 ހަވާ
މުއިއްޒުގެ އަބުރުފުޅަށްޓަކާ ތުއްތު ގުރުބާން ކުރަނީ https://heerasnews.com/2978 https://heerasnews.com/2978 ވަރެއްގެ އަބުރުފުޅެއްތާއެވެ. ވަށަފަރު މޮހަދުގެ ނޫނީ އަބުރެއް އޮތް މީހަކު މިއޮތް ބޮޑު އުޑުބަޅު ކުރެއްވި ހިސާބުގައި ހުރިކަމަކަށް ނުވެއެވެ.

މަށަށް ވާނެއޭ ކިޔައިގެން ރައްޔިތުންގެ ކަންކަމާ މަތިވެ ގަނެގެން އުޅެންޏާ މީހުން ގޮތްފާޑު ކިޔާނެއެވެ. ރައްޔިތުންގެ ތެރޭގައި އުޅޭ އެންމެންނަކު މުއިއްޒު ކިޔާހާ ލަވަޔަކަށް ނުނަށާނެއެވެ. ގޮތް ފާޑު ކިޔާނެއެވެ. އެއްޗެއް ނުބުނާން ހުއްޓަސް ކުރާ އަގުޅިނެތް ކަންކަމާހުރެ ދުލެއް ނެތް މީހަކު ދުލެއް ގަނެގެންވެސް އެއްޗެހި ބުނާހާވެއްޖެއެވެ.

މީހުންގެ ވައިނޮޅިއަށް އަތްދަރާލީމާ ސަލާމަތްވާންވެސް ލެއްވުނު އަޑެއް މީހުން ލައްވާނެއެވެ. އަގުހެޔޮކޮށް ގަނެގެން ބޮއެގެން ސިއްހަތަށް ގެއްލުންވާ ސިނގިރެޓް އަގު ބޮޑުކޮށް ގަނެގެން ބޮއެގެން ސިއްހަތު ސަލާމަތް ކުރަން ޖެހުނިމާ ޗާލީ ތުއްތެއް ކަމަކު އެއްޗެއް ނުބުނެއެއް ނުހުންނާނެއެވެ. ގޮތް ހުސްވެ ރުޅިގަދަވެގެން ކުރާ ޓްވީޓްގެ ބަސް މަގެއްވެސް ރީއްޗެއް ނުވާނެއެވެ. އަމުދުން ކައްޒާބު ލަގަބު އަމިއްލައަށް ލިބިގަތީތާއެވެ.

ޓްވީޓު ކުރާތީ ފުލުސް އޮފީހަށް ހާޒިރުވާން ޝާފިއު (ތުއްތު) އަށް ވެސް އެންގިދާނެއެވެ. ބާރު އޮތީމާ އުލުބައިންދާ ބުރިން ހަންވެސް ނެގިދާނެއެވެ. އެއްތުއްތު ނެތިއްޔާ އަނެއް ސަތޭކަ ތުއްތު ނިކުންނާނެއެވެ. ގަދަ ބަދެވިކަން ދައްކައިގެން ދުޝްމަނުން އުފެދުން ނޫން ކަމެއް ނުވާނެއެވެ.

ބަރާއި އާރުގެ ކުރިމަތީގައި ގޮތް ހުސްވުމުން މީސްމީހުން ނިރުބަވެރިންނަށް ބަދަލުވުމަކީ ދުނިޔެ ދައްކާ ހަގީގަތެކެވެ. ގައުމެއް ފާލުން ނައްޓާލަނީ އެގައުމެއްގެ ވެރިންގެ އަމަލުތައް ހުންނަ ގޮތަކުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސްވެރިންގެ "އަބުރުފުޅު"ގެ ހިމާޔަތުގައި ޝާފިއު (ތުއްތު) ފުލުހަށް ހާޒިރުކޮށް އޭނާއަކީ ބޮޑު މުޖުރިމަކަށް ހަދަން ކުރާ ހީލަތްތެރި ކަމަކުން ބޮޑު އަބުރުފުޅު ހިމާޔަތް ކުރެވޭނެކަމަށް ހީކުރާނީ ލައްކަ ގަޅިވީމައެވެ. މުއިއްޒުގެ ބޮޑު އަބުރުފުޅަށްޓަކާ ކައުންސިލަރުންނާ ދެކޮޅަށް ވެސް ވަނީ ފިޔަވަޅު އަޅަން ފަށާފައެވެ.

އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު ވިދާޅުވާހެން ސަރުކާރާ މެދު ހިތްހަމަނުޖެހުން އޮތްކަން ހާމަކުރުމަކީ ބޮޑު ކުށަކަށް މިއަދު ވެއްޖެެއެވެ. ރައްޔިތުންގެ އަޑު ކަނޑުވާލައި ހިޔާލު ފާޅުކުރުމަށް ހުދުމުހުތާރު ވެރިން އަބަދުވެސް ހުރަސް އަޅާނެއެވެ.

އެކަމަކު ހިޔާލާއި ފިކުރުގައި ތަޅެއް ނޭޅުވޭނެއެވެ. މިހެން ޗިޓު ފޮނުވިޔަސް ފާޅުގައި ބަސް ބުނުމުގެ ހިތްވަރު ދިވެހިންގެ އަދި ހާއްސަކޮށް އެމްޑީޕީގެ މެމްބަރުންގެ ހުންނާނެއެވެ. 

]]>
Sat, 30 Nov 2024 17:07:54 +0500 ހަވާ
މުއިއްޒުގެ މުސީބާތުން ގައުމު ސަލާމަތް ކޮށްދޭނީ އަދުރޭ! https://heerasnews.com/2953 https://heerasnews.com/2953 އަދުރޭއެވެ. އެމްޑީޕީ ދެކެއެރި ރުޅީގައި ދިވެހި ރައްޔިތުންނަށް ތިޔަ ޖެއްސީ ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ. ޖައްސާފައިވާ ގިލަންވެރިކަމުން ގައުމު ސަލާމަތް ކުރުމަކީ އަދުރޭގެ ޒިންމާއެކެވެ. މުއިއްޒަކީ އަދުރޭގެ ރޯލު މޮޑުލެއް ނޫނެވެ. ރުންކުރު މުއިއްޒުގެ މުސީބާތުން އެންމެ ފަސޭހައިން ދިވެހީން މިންޖުކޮށް ދެވޭނީ އަދުރޭއަށެވެ.

އަދުރޭ ނިކަން ވިސްނާލަ ބަލާށެވެ. މައިކެއް ކައިރިއަށް ހުއްޓެވޭ އިރަށް ވަނީ ވައުދެވެ. ބޮޑު އޯޑިއެންސެއް ކުރިމައްޗަށް ހުއްޓެވޭ އިރަށް ގަދަ ބަސް ބުނުމެވެ. ރައީސް މުއިއްޒުގެ ފުށުން ފެންނަނީ ތައުލީމެއް ބުއްދިއެއް ނެތް މޮޔައެއްގެ ފުށުން ފެންނަ ކަހަލަ ގަމާރުކަމާ ޖާހިލުކަމެވެ. މަވަރެއް ނެތިގެން ގަދަ ބަސްބުނުމާއި ސަޅިބައިސާ ކެނޑުމާއި އުނބަށް ޖެހުން ނޫން އެއްކަމެއް މުއިއްޒުގެ ފަރާތުން އެބަފެނޭ ހެއްޔެވެ.

އަދުރޭ ފިކުރުކޮށްލަ ބަލާށެވެ. ވެރިކަމަށް އަހަރެއް ވީއިރު ގައުމުގެ ވެރިމީހާ އަކީ ތިމަންނާކަމެއް މުއިއްޒަކަށް ނޭނގެއެވެ. ކަރުބުޑުން ނާރު ނަގާ ބާޒާރު ބައްޗާއެއްހެން ހާޅޭލުން ނޫންކަމެއް ނޭނގޭ ކަހަލައެވެ. ތިމާގެ ރައްޔިތުންގެ ތެރެއިން ވަކިވަކި މީހުނަށް އާއްމު ތަންތާ ހަނގާކުރުމާއި ފުރައްސާރަ ކުރުން ނޫން ކަމެއް ނެތް ކަހަލައެވެ. އިސްރާފު ބޮޑުވެ ޑޮލަރަށް ކޮށިއަރައިގެން ރަންބިސް އަޅާކުކުޅުގެ ބާނީން ހަވަރަށް ދޭން ގޮންޖަހާއިރު ދެއްކެނީ ބޮކުބާރުކަމެއްވެސް އެނގެނީއެއް ނޫނެވެ. ކިބުރުވެރިކަމާ ބޮޑާކަމުގައި އުޑެއް ބުޑެއް މުއިއްޒަށް ވަތްކެއް ވަނީއެއް ނޫނެވެ.  

އަދުރޭ ލޯހުޅުވާލަ ބަލާށެވެ. އުޅުމާއި ގުޅުންތައް ހުންނަ ގޮތުން މުއިއްޒަކީ ސިނކުޑީގެ އުނިކަމެއް ހުރި ބަލި މޮޔައެކޭ ނުބުނެވޭ ވަރެއް ނޫނެވެ. ދުނިޔެއަށް ލޯހުޅުވެ އާޖުފާޖު ކުޑަކޮށް އެނގޭ މީހަކު ނުކުރާވަރު ކަންކުރުމާއި ނުބުނާވަރު ވާހަކަ ބުނުން މުއިއްޒުގެ ކަށީގެ މަދުގައި ވަނީ ހިފާފައެވެ. އަންޑަރވޯޓަރ ބިއްލޫރި ޓަނަލް އެޅުމާއި އިންޑިއާ އަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެކޭ މުއިއްޒުގެ ދުލުން ބުނެ އިންޑިއާއަށް ޖެއްސުމަށް ޑްރޯން ގަތް ހިސާބުން ބޮލަށް ބޭސްކުރަން ޖެހިފައި ހުރިކަމަށް ގަބޫލު ކުރެވެއެވެ. 

އަދުރޭ ދެވަނަ ވިސްނުމަކަށް ދޭބަލާށެވެ. މައިންބަފައިން ވަކިވެފައި ވުމުން މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އަޅާލުމުން މަހުރޫމުމެފައިވާ ދެމަފިރިންނަށް މުއިއްޒާއި ސާޖިދާ ވީތި ހަމްދަރުދީ ވަމެވެ. އެކަމަކު މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އަޅާލުން ނުލުބުމުން ކުޑައިރުއްސުރެ ބާކީ އިހުސާސްވެ ދުނިޔެދެކެ ރުޅިއައުމަކީ ދިވެހިންގެ މައްސަލައެއް ނޫނެވެ. ތިމާ ބޭނުންވާ ގޮތް ނޫންގޮތަކީ ގޮތް ނޫންކަމަށް ދެކިގެން މައިން ބަފައިންނަށް ގޮތްދޫނުކޮށް އުޅުނު ވައްތަރަށް ރައްޔިތުން ކިބައިން އިންތިގާމު ހިފަން އުޅޭނެ ކަމެއް ނެތްތާއެވެ. 

އަދުރޭ އެއްބަސްވެ ބަލާށެވެ. ކުޑައިރުއްސުރެ ހަށީގައި ހަކި ހިފާފައިވާ ގޮތް ދޫނުކުރުމާއި ވިޔަރި ގަދަކަމަކީ ގައުމެއްގެ ވެރިއެއްގެ ސިފައެއް ނޫނެވެ. ރުންކުރުކަމާއި މަވެތިކަމާއި ޖަދަލުކުރުމަކީ ލީޑަރެއްގެ ގޮތެއް ނޫނެވެ. ގައުމެއްގެ ވެރިކަން ރައްޔިތުންދެނީ ތިމާ ބޭނުންވާހާ ގޮތަކަށް ކަންކަން ބަދަލުކޮށް ހިތުހުރި ކަމެއް ކުރާކަށް ނޫނެވެ. ރައްޔިތުންނަށް މޮޅާ ރަނގަޅުގޮތަކީ ތިމާ ބޭނުންވާ ގޮތްކަމަށް ނުވުމުން ތިމާ ބޭނުން ގޮތަށް ގައުމުގެ ކަންކަން ފޮރޮޅާލަން ހިތުހުރި އެއްޗެއް ހަދަންދެން ރައްޔިތުން ބަލާކަށް ނުތިބޭނެއެވެ.

އަދުރޭއަށް ވެސް ހުތުރެވެ. ބައިސާ ކެނޑުމާއި އުބަށް ޖެހުމަކީ ނިސްބަތްވާ ބައެއްގެ ކިބައިން ވާރުތަވެގެން އުޅޭ ކަމަކީތާއެވެ. ރުންކުރުކަމާއި ބޯހަރުކަމުގައި ކުރާހާ ކަމެއްވެސް ޖަހަމުން އެ ދަނީ އުނބަށެވެ. ނުކުރާނެ ކަމަށް ގަދައަޑުން ބުނި އެތައް ކަމެއް ދިމާ އިދިކޮޅަށް ކައްޗަށް ބަޅަށް ކޮށްފިއެވެ. ހަމަ ތެދެކެވެ. މުއިއްޒުގެ މުސީބާތުން ގައުމު މިންޖު ކުރެވޭނީ އަދުރޭއަށެވެ. 

]]>
Tue, 19 Nov 2024 09:38:00 +0500 ހަވާ
ބައްލަވާ ރާއްޖެއަށް ކޮށްލާފާ އޮތްވަރު: ޝާހިދު https://heerasnews.com/2941 https://heerasnews.com/2941 ‏މުޅި ދުނިޔެ ބަންދުވެ މުޅި އިންސާނިއްޔަތު މާޔޫސްވެފައި އޮތް ޒަމާނުގައި ވެސް ހިތިބޭސް ބޯންޖެހެޔޭ ރައްޔިތުން ގާތުގައި އެމްޑީޕީ ސަރުކާރުން ބުނިތޯ ވިދާޅުވެ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ސުވާލު އުފައްދަވައިފިއެވެ.

އެމްޑީޕީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި "ފުދިއްޖެ. ފުނޑިއްޖެ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ރައްޔިތުންނާ އެ ސުވާލު ކުރެއްވީ ހިތިބޭސް ބުއިމަށް ރައްޔިތުންނަށް މުއިއްޒު ސަރުކާރުން ހުއްޓާނުލާ އަންގަމުންދާ ދަނޑިވަޅެއްގައެވެ. 

މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސްގެ ބޭނުންފުޅަކަށް ވެފައި ވަނީ ރާއްޖޭގެ ވެރިކަން ރަސްކަމަކަށް ބަދަލުކޮށްލެއްވުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ހަދަން އުޅޭ އެއްޗަކީ ޕްރިފެރެންޝަލް ވޯޓު ނަގާ ގޮތަށް ހަމަޖައްސާ ވޯޓް ގުނާނީ މާލޭގައޭ ކިޔާފައި ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް މާލެ ގެނެސް ވޯޓު ފޮށީގައި ބަނޑު އެޅުމުގެ މަސައްކަތް ކުރުންކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ހާރިޖީ ވަޒީރުކަން ދެފަހަރަށް ކުރައްވާފައިވާ އދ ގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ގުޅުންތަކަކީ އިތުބާރާއި އިހުތިރާމާއި އުސޫލުތައް ހިފެހެއްޓުމުގެ ތެރޭގައި ހިންގޭ އެއްޗެކެވެ. އޭގެ ބަދަލުގައި މިއަދުގެ ސަރުކާރުން ކަން ކުރައްވަމުން ގެންދަވަނީ އެހެންނެއް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ. ދޮގާއި މަކަރާއި އޮޅުވާލައިގެން ހާރިޖީ ސިޔާސަތެއް ނުހިންގޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

‏އެމްޑީޕީގެ ރައިސްކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ " މި ސަރުކާރު ވެރިކަމަށް އައީ ބޮޑު ތަނުން ބައިނަލްއަގުވާމީ މައިދާނަށް ވެސް އޮޅުވާލައިގެން. މިއަދު މިއޮތް ސަރުކާރަށް އިތުބާރު ނުކުރެވޭ ބައިވެރިއެއްގެ ނަން ވަނީ ލިބިފަ" ކަމަށެވެ.

"ނާގާބިލް، ގޮތް ދޫނުކުރާ އޮޅުވާލާ ދޮގުހަދާ ނަފުރަތާ ފިތުނަ އުފައްދާ ދޯހަޅި ސަރުކާރެއް ހަވާލުވީމާ އެއް އަހަރުގެ ތެރޭގައި ބައްލަވާ މި ރާއްޖެއަށް ކޮށްލާފައި އޮތް މިންވަރު" އަސަރާއެކު ޝާހިދު ވިދާޅުވިއެވެ.  

]]>
Wed, 13 Nov 2024 18:45:58 +0500 ހަވާ
ދޮގުވެރިންނަށް ރިހެބެއް ހަދަންޖެހޭ: މޭޔަރ އާޒިމް https://heerasnews.com/2940 https://heerasnews.com/2940 ވަޒީފާ ގެއްލި ދާނެތީ ގަންނާނެ ބިރެއްނެތެވެ. ރައްޔިތުންގެ ކެއްތެރިކަން ކޮޅުން ލައިފިއެވެ. މުއިއްޒުގެ ވެރިކަމަށް އަހަރު ފުރެން ބާކީ ފަސް ދުވަހަށް ވެފައި އޮއްވާ އެމްޑީޕީ ހިންދަމާ ލައިފިއެވެ.

އެމްޑީޕީ ހަށިފޮޅާޅާ އެ ތެދުވީ ރައްޔިތުން ރަތަށް އަރައިގެންނެވެ. ރައްޔިތުން ފުނޑިގެންނެވެ. ފުނޑި ހަފުސްވަނީ ވަކިރަށެއް ވަކި މީހެއްނޫނެވެ. މުޅިގައުމެވެ. ސަރުކާރު ފޫނުވެއްޓޭ ވަކި ދިމާލެއް ނެތެވެ.

މާލޭ މޭޔަރ އޮނަރަބަލް އާދަމް އާޒިމްގެ ވާހަކަޕުޅުންވެސް ނުފުނޑޭ އެއްދިމާލެއްވެސް ނެތްކަން ސާފެވެ. ހޮޅި ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހިއްޖެކަން ކަށަވަރު ވެއްޖެއެވެ. 

މޭޔަރު އާޒިމް ވިދާޅުވީ "މިއަދު ކަރަންޓު ބިލު ތިން ގުނަ ބޮޑުވެއްޖެ. ފެން ބިލު ތިން ގުނަ ބޮޑުވެއްޖެ" ކަމަށެވެ. އެކްސްޗޭންޖު ރޭޓު 20 އަށް އަރުވާލާފައި ހުރިކަންވެސް އާޒިމް ފާހަގަ ކުރެއްވިއެވެ. ކަން ކުރުމުގެ އެއްވެސް އިސްތިރާޖީ ޕްލޭނެއް ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.

ބަޖެޓް ފެންނަން އޮތްވާ އައިގޮތަށް އައިސް 35 މިލިއަން ޑޮލަރު ދީފަ ދޫނިތަކެއް މާލެ ނުގެންނާނެ ކަމަށާއި މިއީ ކުޑަ ލާރި ކޮޅެއް ނޫން ކަމަށް މޭޔަރު ވިދާޅުވަމުން "މިއީ ކިތައް މީހުންގެ ބޯހިޔާވަހިކަންތޯ" ސުވާލު އެފައްދަވާ ވިދާޅުވީ އެއީ ގާތްގަނޑަކަށް 100 މީހުންގެ ބޯހިޔާވަހިކަން ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި 35 މިލިއަން ޑޮލަރު ހަމަ ވަޔަށް ތަޅާލީއެވެ. 

ބުޅާ ޝެލްޓަރގެ ހިޔާލު އުފަން ކުރުވާ އަމަލީ ގޮތުން އެމަސައްކަތް ކުރައްވާ ބުޅާ ޝެލްޓަރ ހަގީގަތަކަށް ހެއްދެވި މޭޔަރ އާޒިމު ވިދާޅުވާ ގޮތުގައި ރާއްޖޭގައި ހުޅުވަންޖެހޭ ރީހެބްތައް ވަރަށް ގިނަވެއްޖެއެވެ.  ދޮގުހަދާ މީހުންތަކެއްލާން ޖެހޭ ރީހެބްތަކެއް ހަދަން ޖެހޭކަމަށް އާޒިމް ވިދާޅުވިއެވެ. " ދޮގުހަދާ މީހުން ލާނެ ރީހެބެއް ބަޖެޓްގައި ޖަހާ ދިނުމަށް މާލޭ މޭޔަރު ގޮވާލެއްވިއެވެ. އެކަން ނުކޮށް މިގައުމު ސަލާމަތް ކުރެވޭނެ ގޮތެއް ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. 

]]>
Wed, 13 Nov 2024 17:43:45 +0500 ހަވާ
ސަރުކާރުން އުޅެނީ ބޭސްސިޓީއަށް ސަލާން ޖައްސަން https://heerasnews.com/2925 https://heerasnews.com/2925 ދިވެހީންގެ ތެރެއިން ބަޔަކު އާސަންދައިން ބާކީކޮށް ބޭސްސިޓީއަށް ސަލާންޖައްސަން ސަރުކާރުން އުޅޭކަމަށް އެމްޑީޕީގެ ރައީސް ތުހުމަތު ކުރައްވައިފިއެވެ. މުއިއްޒު ސަރުކާރުން އުޅެނީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހުން އާސަންދައިގެ ހިދުމަތުން މަހުރޫމު ކުރުމުގެ މަގުސަދުގައި ކަމަށް ކުރީގެ ހާރިޖީ ވަޒިރު ތުހުމަތު ކުރައްވައެވެ.

ސިއްހީ ނިޒާމު ސިޔާސީ ކުރުން ހުއްޓައިލުމަށް އަބްދުއްލާ ޝާހިދު ސަރުކާރަށް ގޮވާލެއްވުމަށް އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭސް ސިޓީއަށް ސަލާންޖެހުން ނިމުމަކަށް ގެނެސް އައިޑީ ކާޑު ދައްކައިލުމުން ހިލޭ ބޭސްފަރުވާ ކުރެވޭ ނިޒާމަކީ އެމްޑީޕީން މި ގައުމަށް ގެނައި ހެޔޮ ވެރިކަމުގެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ..

އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ހެލްތު އިންޝުއަރެންސްގެ ވަށައިޖެހޭ ނިޒާމެއް އެމްޑީޕީން އެކުލަވައިލީ ސިއްހީ ހިދުމަތަކީ ހުރިހާ ރައްޔިތުން ވެސް ޝާމިލު ކުރަންޖެހޭ އަސާސީ ހައްގަކަށް ވާތީ ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދު ފެންނަމުން ދަނީ އެ މަންޒަރު ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ގޮތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު އާސަންދަ ނިޒާމުން ބާކީކޮށް މި ހަރުދަނާ ނިޒާމަށް މި ސަރުކާރުން ގެންނަމުން މިދާ ބަދަލުގެ ހަގީގީ އަމާޒަކީ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވުމުން މި އަސާސީ ހައްގުން މަހުރޫމު ކުރުން ކަމަށެވެ.  އަދި ބޭސް ސިޓީއަށް ސަލާން ޖެހުމުގެ ސަގާފަތް އިއާދަކޮށް ސިއްހީ ނިޒާމު ސިޔާސީ ކޮށްލުމަކީ ސަރުކާރުގެ އަމާޒުކަމަށް ޝާހިދު ވިދާޅުވިއެވެ.

ސިއްހީ ނިޒާމު ސިޔާސީ ނުކުރުމަށާއި ދިވެހި އެއްވެސް ރައްޔިތަކު ބޭސްފަރުވާގެ އަސާސީ ހައްގުން މަހުރޫމު ނުކުރުމަށް ޝާހިދު ގޮވައިލައްވައެވެ.

އެމްޑީޕީގެ ރައީސް ޝާހިދު މިމޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވީ އާސަންދަ ނިޒާމަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން އެ ނިޒާމުގެ ތެރެއިން ހޯދަމުން އައި ބައެއް ފަރުވާ ލިބުން ހުއްޓުމާއި ހިދުމަތް ހޯދަން އުނދަގޫވުމުގެ ޝަކުވާތައް ގިނަވެފައި ވަނިކޮށެވެ.

]]>
Tue, 05 Nov 2024 20:01:15 +0500 ހަވާ
ބޮޓޭކޯ ފަލާހު ކޮންސިއޫ...މަބަލް ވެގެން ފުޑާލަނީ ރައްޔިތުން https://heerasnews.com/2911 https://heerasnews.com/2911 ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރަކަށް ވަޑި ފަލާ ނޫން މީހަކު ކަމަކު ނުދާނެއެވެ. ތަނެއް ދޮރެއް ދޮރުފަތެއް އެނގޭ މީހަކު ބަހައްޓައިގެން މުއިއްޒު ބޭނުންހާ ގޮތަކަށް މަޖިލީހުގެ ކަންކަން ފޮރޮޅާ ނުލެވޭނެކަން މުއިއްޒަށް އެނގެއެވެ. މަޖިލީހުގެ ރައީސަކަށް އައްދުއްރަހީމް ލައިގެން ޕީޖީ ލީޑަރަކަށް ވަލުބުޑު ނުކެޑޭ ވަޑިފަލާހު ލައިގެން ގާނޫނު ހަދަނީއޭ ކިޔައިގެން ރަނބަ ގިރަނީ މުއިއްޒަށް ނޭނގިއެއް ނޫނެވެ. ބޭނުމެއްގައެވެ.

ހުދުމުހުތާރު ވެރިކަމެއް ކޮށްލެވޭނީ ގަބު ގަމާރުން ބަސްކިޔަން ތިބެގެންތާއެވެ. އެހެން ކަމުން ކަމެއް ރަނގަޅުކުރުމަށް މުއިއްޒު ސަރުކާރާ އެކަކުވެސް ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. ޑިމޮކްރަސީއާއި ބުއްދީގެ ހަމައަކީ މި ސަރުކާރުން ގަބޫލުކުރާ އެއްޗެއް ނޫނެވެ. ގަބޫލު ކުރާނެ އެއްޗެއްވެސް ނޫނެވެ. 

" ބޮޓޭކޯ" ފަލާހު "ކޮންސިއޫއޫއޫ.. މަބަލް" ވެގެން މަޖިލީހުގައި ބިލް ހުށަހަޅާ ހިސާބަށް ގޮސް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބަރަހަނާ ވިޔަކަސް ހެޔޮތާއެވެ. ދޮގު ހެދުމާއި އޮޅުވާލުމާއި ރިޝްވަތުން މުޅި ގައުމު ފަސާދަކޮށް ގައުމު އިނދަ ޖައްސާލަނީ އެނގިހުރެއެވެ. ބޭނުމެއްގައެވެ.

ރާއްޖޭގައި މީހުން ޢާމްދަނީ ހޯދަން ކޮށްއުޅޭ ހުރިހާކަމަކަށް ސަރުކާރު ދަނޑި ބާނައިގެން ސަރުކާރުން އެކަންކަން ކުރަން ދިމާކޮށްފައި އެހުރީކީވެސް އޮޅުމަކުން ނޫނެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި އިމާރާތްކުރުމާއި ޓެކްސީ ދުއްވުމަށް ދާންދެން ސަރުކާރުން ކުރާކަންކަމަށް ހަދަން އެއުޅެނީ ރައްޔިތަކަށް ހެވެއް އެދިގެން ނޫނެވެ. އާއްމު ވިޔާފާރިތަކާއި އާއްމުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތައް ހުއްޓުވާ ރައްޔިތުން ނިކަމެތި ކޮށްލުމަކީ މުއިއްޒުގެ މައިގަނޑު ބޭނުމެވެ.

ކަރަންޓާއި ފެން ބިލު ބޮޑުކޮށް ބާޒާރުގެ މުދަލުގެ އަގުތައް އުފުލުވާ އާސަންދަ ލިބުން ދަތިކޮށް ހަނިކޮށް ހަދަނީ ރޭވިގެންނެވެ. ޒަމާނީ އާލާތްތަކުގެ ޓެކްސް ބޮޑުކޮށް ޓެކްނޮލޮޖީގެ ފަހުގެ ހިދުމަތްތައް އާއްމު މީހާއަށް ނުހޯދޭ ވަރަށް އަގުތައް ބޮޑުކޮށްލާ ބައްތިފޯނާއި ރަށު ބޫތަށް ގުޅުންތައް ތިރިކޮށްލުމަކީ މުއިއްޒުގެ ނިޔަތެވެ. ތަނަވަސް ފޯރުންތެރި ދިރިއުޅުމެއް އާއްމު ރައްޔިތުން އުޅުނަ ނުދިނުމަށް ޓޫރިޒަމް ޓެކްސްތައް ބޮޑުކޮށްގެން ދަށްފަންތިއާއި މެދު ފަންތީގެ ގެސްޓުން ނާންނަވަރު ކޮށްލައިގެން ގެސްޓު ހައުސް ވިޔަފާރިއާއި ރަށު ފަތުރުވެރިކަން ފުޑާލަނީއެވެ. އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން ކުރަން މިއުޅެނީ ކީއްކަން ވަރަށް ސާފުކޮށް އެހުރީ ފެންނާށެވެ.  

ހަގީގަތަކީ ސަރުކާރު ތުނބުން ވެއްޓޭ ބަތްފުކެއް ނޫނީ ރައްޔިތު މީހާއަށް ނުލިބޭ ގޮތްހަދާ ބަނޑުފުރާނަ މުއްތިކުރުން ނޫން ކަމަކަށް ނުވިސްނޭ ވަރަށް ރައްޔިތުން ބިންމަތިކޮށްލުމަކީ މުއިއްޒުގެ މުޅި ވިސްނުމެވެ. އޭރަކުން ރައީސް ވިދާޅުބަސްފުޅަށްވުރެ މަތީ ގާނޫނެއް ހަމައެއް ނޯންނާނެއެވެ. ޗެކް އެންޑް ބެލެންސާއި އަދުލަކީވެސް އިންސާފަކީވެސް އެވަގުތަކަށް މުއުއްޒު ބޭނުންވާ ގޮތެކެވެ. 

ރައްޔިތުންނަށް އޮތް ހައްގަކަށްވާނީ ނަމެއްގައި ބާއްވާ އިންތިހާބުތަކުގައި މުއިއްޒު އެދޭ ގޮތަކަށް ވޯޓް ދިނުމެވެ. މުއިއްޒު ހާމަ ކުރަން ބޭނުން އެއްޗެއް ހާމަކޮށް ސިއްރުކުރަން ބޭނުން ކަމެއް ސިއްރުކުރުމުން ރައްޔިތުންނަށް އޮތީ އަހާ ކިޔަމަން ގަނެގެން ތިބުމެވެ. އެކަމަކު ބުނަން ހެއްޔެވެ. ރައްޔިތުން މުއިއްޒާ އަރާ ހަމަކުރާނެއެވެ.

]]>
Thu, 31 Oct 2024 16:12:42 +0500 ހަވާ
ބޭންކެއް ގެނެސްގެން އިތުރު ކުރެވޭނީ ދަރަނި، https://heerasnews.com/2872 https://heerasnews.com/2872 ޑޮލަރުގެ އަދަދާއި ރުފިޔާގެ އަދަދު އިތުރުކުރެވޭނީ ބޭންކެއް ހުޅުވައިގެނެއް ނޫނެވެ. ކޮންމެ ނަމެއްކިޔާފައި ބޭންކެއް ހުޅުވިޔަސް ޑޮލަރެއްވެސް ރުފިޔާއެއްވެސް އިތުރެއް ނުވާނެއެވެ. ހުޅުވާ ކޮންމެ ބޭންކަކުން އިތުރު ކުރުވާނީ ދަރަންޏެވެ. 

ދިވެހި ރައްޔިތުން އުފައްދާ ތަކެއްޗާއި އުފައްދާ ހިދުމަތް އިތުރުކޮށްގެން ނޫންގޮތަކަށް ޑޮލަރެއް ރުފިޔާއެއް އިތުރެއް ނުވާނެއެވެ. ކަނޑުފަޅާއި ބިމާއި ގުދުރަތީ މުއްސަދިކަން ތަންމިނަށް ރާއްޖޭގައި އޮތް ކަމަށް ވިޔަސް ނަފާވެރި އިގްތިސާދަކަށް ރާއްޖެ ފަހިކުރެވޭނީ ހިވާގި މުރާލި ރައްޔިތެއް އޮވެ ޖީބުނުކަނޑާ ސަރުކާރެއް އޮވެގެނެވެ. 

ހަފޮޅުން ބޭރަށް ތަރައްގީގެ ވިސްނުން ނެރެގެނެވެ. ރާއްޖޭގެ ތޮށިން ބޭރަށް ނެރެވިފައި އޮތްހާވެސް ކަމަކީ ޓޫރިޒަމެވެ. ހަގިގަތުގައި މަސްވެރިކަން އަދިވެސް ކުރެވެނީ ލައިގެން ކާއެއްޗެއް ހޯދަން ކުރެވޭކަމެއްގެ ގޮތުގައެވެ. އެހާވެސް ހަނިކޮށެވެ.

ދައުލަތުން ދުނިޔޭގެ ފެންވަރުގެ ވިޔަފާރިތަކަށް ނުވަދެ ހޯދޭނެ މޮޅެއް ނެތެވެ. ބިން އޮތް މީހުން އޮތް ޑިމާންޑް އޮތް ތަންތާ ރިއަލް ސްޓޭޓް ވިޔަފާރި ނުކުރާންވީ ކީއްވެ ހެއްޔެވެ. ޑެއިރީ ފާމްތަކާއި ފުޅާ ދައިރާއެއްގައި ހަރަދުކުޑަކޮށް ބޮޑު ނަފާލިބޭނެ ކަންކަން ކުރަން ނޭނގިފައި އަބަދު ސަލާން ޖެހުމާ ލޯނުނެގުން ނޫންކަމެއް ނުކުރެވިގެން އުޅެއުޅެ ދުނިޔޭން ދުވަހެއް ދުއްވާލަ ދުއްވަލާ ތިބޭނީ ކިހާ ދުވަހަކު ހެއްޔެވެ. 

ޑޮލަރާއި ރުފިޔާ އިތުރުވަނީ އުފައްދާ ތަކެއްޗާއި ހިދުމަތް އިތުރު ކޮށްގެންނެވެ. ޓައީއެއް އަޅައިގެން އޮފީހަކަށް ހެނދުނު ގޮސް، ހުސް އަނގަ ތަޅާފައި، ކޮފީ ބޮއެފައި، ގިނަގިނައިން ދެހަން ބީއްސާފައި ، ގެޔަށް ވަދެ ނިދުމަކުން އިތުރުވާ ޑޮލަރެއް ރުފިޔާއެއް ނޯންނާނެއެވެ.

]]>
Wed, 16 Oct 2024 19:31:49 +0500 ހަވާ
ޕައިލެޓް މަރުވެގެން ބޯޓެއް ޖައްސައިފި https://heerasnews.com/2851 https://heerasnews.com/2851 ޓާކިޝް އެއާލައިންސްގެ ފްލައިޓެއް ނިއުޔޯކުގެ ޖޭއެފްކޭއަށް ކުއްލި ގޮތަކަށް ޖައްސައިފިއެވެ. ބޯޓް ކުއްލިގޮތަކަށް ޖެއްސީ ބޯޓު ދުއްވަމުން ދިޔަ ކެޕްޓަން ނިޔާވުމުން ކަމަށް އެއާލައިންގެ އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.

އުމުރުން 59 އަހަރުގައި ނިޔާވި ޕައިލެޓަކީ އިލްޗެހިން ޕެލިވާން އެވެ. އެއާރބަސް އޭ350-900 އިން ޑައިވަރޝަން ހެދީ އިސްތަންބޫލަށް ދަތުރުކުރަމުން ދަނިކޮށެވެ. 

"ފަސްޓް އެއިޑް ދިނުމަށް ކުރި ނާކާމިޔާބު މަސައްކަތަކަށް ފަހު ކުއްލި ގޮތަކަށް ޖެއްސުނުއިރު ކެޕްޓަން މަރުވެއްޖެއެވެ. 

ބޯޓް ޖެއްސީ އެހެން ޕައިލެޓަކާއި ކޯ ޕައިލެޓާއި ފްލައިޓް ކްރޫއިން ކުއްލި ގޮތަކަށް ލޭންޑިން ކުރަން ނިންމައިގެންނެވެ.

]]>
Wed, 09 Oct 2024 21:19:15 +0500 ހަވާ