Maldives Real Time Facts & ލިވަރ https://heerasnews.com/rss/author/liverheerasnewscom Maldives Real Time Facts & ލިވަރ dv ކޮޕީރައިޓް: Heeras news llp (P01362021) ސްޓްރީޓް 2: 12 ދުވަސްތެރޭ 400 ކްރޯޑް ރުޕީސް ހޯދި 7 ވަނަ ފިލްމް https://heerasnews.com/2733 https://heerasnews.com/2733 އަމާރު ކައުޝިކް ޑައިރެކްޓްކޮށް، ރާޖްކުމާރު ރާއޯ، ޝްރަދާ ކަޕޫރު، ޕަންކަޖް ޓްރިޕާތީ، އަޕަރޝަކްތީ ކުރާނާ، އަދި އަބިޝެކް ބެނާޖީ ލީޑް ރޯލުން ފެނިގެންދާ ސްޓްރީ 2 ބޮކްސް އޮފީހުގައި 400 ރުޕީސްގެ އާމްދަނީއެއް 12 ދުަވަސްތެރޭ ހޯދައިފިއެވެ.

މިއީ 400 ކްރޯޑް ރުޕީސް ކުރު މުއްދަތެއްގެ ތެރޭގައި ހޯދި 7 ވަނަ ހިންދީ ފިލްމެވެ.

400 ކްރޯޑް ރުޕީސްގެ އާމްދަނީ ހޯދި އެހެން ފިލްމްތަކުގެ ތެރޭގައި ޖަވާން، ގަދާރު 2، ޕަތާން، އެނިމަލް، ބާހުބަލީ 2  އަދި ކޭޖީއެފް ޗެޕްޓަރ 2 ހިމެނެއެވެ.

މި  ދިޔަ ހޯމަ ދުވަހު އާމްދަނީގެ ގޮތުގައި 18 ކްރޯޑް ރުޕީސް ލިބުނުއިރު، މިއީ ފިލްމުގެ  ވެލިއުއަށް ބަލާއިރު ބޮޑު އަދަދެކެވެ. 12 ދުވަހުގެ ތެރޭގައި ސްޓްރީ 2 ގެ ޖުމްލަ އާމްދަނީ އަކީ 403.50 ކްރޯޑް ރުޕީސްއެވެ.

މި ފިލްމުން ބޮކްސް އޮފީހުގައި އެނިމަލް (502 ކްރޯޑް ރުޕީސް)، ބާހުބަލީ 2  (510 ކްރޯޑް ރުޕީސް)، ޕަތާން (513 ކްރޯޑް ރުޕީސް) އަދި ގަދާރު 2 (515 ކްރޯޑް ރުޕީސް) ގެ ފައިދާ ވައްޓާލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

]]>
Thu, 29 Aug 2024 16:39:44 +0500 ލިވަރ
ކޯލް މީ ބައެ އެމޭޒަން ޕްރައިމަށް! https://heerasnews.com/2705 https://heerasnews.com/2705 ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ލަގްޒަރީ ލައިފްސްޓައިލް ދައްކުުވައިދޭ ސީރީޒް "ކޯލް މީ ބައެ"ގެ ޓްރެއިލާ މިއަދު އާންމުކޮށްފިއެވެ.

އަންނަ މަހުގެ 6 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ އަނަންޔާގެ އަލަތު ސީރީޒް "ކޯލް މީ ބައެ" އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ އުފެއްދުމެކެވެ.

ވީރް ދާސްއާއި ވަރޫން ސޫދު އާއި ގުރްފަތޭ ޕިރްޒާދާ އާއި ނިހާރިކާ ލީރާ ދަތު ފަދަ ތަރިން ފެނިގެންދާ މި ފިލްމަކީ މި އަހަރު ރިލީޒްކުރި "ރޮކީ އައުރް ރާނީ ކީ ޕްރޭމް ކަހާނީ" ވެސް ލިޔުނީ އިޝިތާ މޮއިތުރާއެވެ.

2019 ނެރުނު މަޝްހޫރު ފިލްމް "ސްޓޫޑެންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް ތައާރަފްވެގެން އައި އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި "ކޯ ގަޔޭ ހަމް ކަހާ" ގައެވެ.

]]>
Tue, 20 Aug 2024 20:21:24 +0500 ލިވަރ
‎ޖެކްލިންގެ މަނީލޯންޑަރިން އަޑުއެހުން ސެޕްޓެމްބަރމަހު https://heerasnews.com/2691 https://heerasnews.com/2691 މަނީ ލޯންޑަރިންގެ  މައްސަލައެއްގައި ތުހުމަތު ކުރެވޭ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޖެކުލިން ފެނާންޑޭޒްގެ އެންމެ ފަހު އަޑުއެހުން އަންނަ ސެޕްޓެމްބަރު މަހަށް ތާވަލްކޮށްފިއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ދިއްލީ ހައިކޯޓުގައި ތާވަލް ކޮށްފައިވާ މި މައްސަލައިގައި ޖެކުލިންގެ އިތުރުން ސުކޭޝް މައްޗަށްވެސް ވަނީ ދައުވާކޮށްފައެވެ.

ކަފާލާތުގެ ދަށުން މިހާރު މިނިވަންވެފައިވާ ޖެކުލިންއަށް ކޯޓުގެ ހުއްދަައަކާނުލާ އިންޑިއާއިން ބޭރަށް ދިޔުން މަނާ ކުރުމާއި އެކު، 50000 ރުޕީސް އިން ޖޫރީމަނާ ކޮށްފައިވެއެވެ.

ސުކޭޝްއާއި ޖެކުލިންގެ މައްޗަށްކޮށްފައި ވަނީ  ސުކޭޝް ގަވާއިދާ ހިލާފަށް ހޯދާފައިވާ ފައިސާ ބޭނުން ކޮށްގެން ޖެކުލިން އަށް އަގުބޮޑު ހަދިޔާތަށް ދީފައިވާ ކަމުގެ ތުހުމަތެވެ. ހަމައެއާއިއެކު، ޖެކުލިން މައްޗަށް ކުރާ ތުހުމަތަކީ ސުކޭޝް އޭނާއަށް ދިން ހަދިޔާތަކަކީ ގަވާއިދާއި ހިލާފަށް ހޯދާފައިވާ އެއްޗެއްކަން އެނގިހުރެ، ހަދިޔާތައް ގަބޫލު ކޮށްފައިވާ ކަމުގެ ތުހުމަތާއި މައްސަލައިގެ ހެކި ނައްތާލަން އުޅުނު ކަމުގެ ތުހުމަތެވެ.

ޖެކުލިންއަކީ ސްރީލަންކާގެ ރައްޔިތެއް ނަމަވެސް އޭނާ ދިރިއުޅެމުން އަންނަނީ އިންޑިއާގައެވެ. އޭނާއަކީ "ހައުސްފުލް"، "ރާދޭ" އާއި "ސެލްފީ" ފަދަ ފިލްމްތަކުން ފެނިފައިވާ މަޟްހޫރު ފަންނާނެކެވެ.

]]>
Thu, 15 Aug 2024 17:45:06 +0500 ލިވަރ
އިސްތަށިގަނޑަށް އަލްމަންޑް ތެޔޮވަރެއް ނެތް! https://heerasnews.com/2678 https://heerasnews.com/2678 އެންމެންވެސް އެދޭ އެއް ކަމަކީ ދުޅަހެޔޮ، ވަރުގަދަ އިސްތަށިގަނޑެއްގެ ވެރިއަކަށް ވުމަށެވެ. ނަމަވެސް، ތަޣައްޔަރުވުމާއި، ހޫނުގަދަވުމުގެ ސަބަބުންނާއި،ދިރިއުޅުމުގެ އާދަތައް ބައްޓަންކުރެވޭ ގޮތުންނާއި، ތިމާގެ ވަށައިގެންވާ މާހައުލުގައި  ހުންނަ ތަފާތު ކަންތައްތަކުގެ ސަބަބުން އިސްތަށިގަނޑަށް ގެއްލުން ލިބޭލެއް އަވަސްވެގެންދެއެވެ.

އެހެންކަމުން، ގިނަ ބަޔަކު  ގޭގައި އިސްތަށިގަނޑަށް ދެވޭނޭ ފަރުވާތަށް ބޭނުންކޮށްގެން އިސްތަށިގަނޑު ވަރުގަދަކޮށް, ދިރުވުމަށް މަސައްކަތް ކުރެއެވެ. އެގޮތުން  އިސްތަށިގަނޑަށް ދެވޭނޭ އެއް ފަރުވާ ކަމަށްވާ، އާންމުކޮށް އެންމެންވެސް ބޭނުންކުރާ އެއް ފަރުވާއަކީ އަލްމަންޑް އޮއިލް އެވެ!

އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށް، ތެތްކަން ދެމެހެއްޓުމާއި ހަމައަށް އިސްތަށިގަނޑަށް އަލްމަންޑް އޮއިލް ބޭނުންކުރުމުން ތަފާތު ފައިދާތަކެއް ލިބެ އެވެ. އެގޮތުން:

1. އިސްތަށިގަނޑު ހަންފޮޅުމާއި، ހިކުމުން ދުރުކޮށްދޭ

އިސްތަށިގަނޑު ދުޅަހެޔޮކޮށް ދެމެހެއްޓުމަށްޓަކައި އިމޮލިއެންޓްސް މުހިއްމު ދައުރެއް އަދާކުރެއެވެ. މިއީ ހަމުގެ ތެތްކަން އިތުރުކޮށްދީ، އެޓޮޕިކް ޑަރމަޓައިޓިސް ހިމެނޭ ގޮތަށް ހަމުގެ އެކި ބަލިތައް ބޮލުގެ ތަލައަަށް ޖެހުމުން ދުރުކޮށްދޭ ވަސީލަތެކެވެ. 

2. އިރުގެ ހޫނުގަދަ އަވިން އިސްތަށިގަނޑު ހަލާކުވުމުން ރައްކާތެރިކޮށްދޭ

އިރުގެ ހޫނުގަދަ އަވިން އއިސްތަށިގަނޑަށް އެއްގޮތަކަށް ވުރެ ގިނަ ގޮތްގޮތުން ގެއްލުން ލިބިދާނެއެވެ.  އިސްތަށިގަނޑަށް މާގިނައިން އަވީގައި ޖެހުމުން އިސްތަށިގަނޑުގެ ފައިބަރތަކަށް ގެއްލުން ލިބި، އިސްތަށިގަނޑުގެ ރީތިކަމާއި އޮމާންކަން ގެއްލުމުގެ ފުރުސަތު ބޮޑެވެ. އެގޮތުން، އިސްތަށިގަނޑަށް އަލްމަންޑް އޮއިލްގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފައިދާ އަކީ އިސްތަށިގަނޑުގައި ހޫނު އަވީގެ ސަބަބުން އުފެދޭ ސްޓްރަކްޗަރަލް ގެއްލުންތަކުން އިސްތަށިގަނޑު ރައްކާތެރިކުރުމުގައި މި ތެލުގައި ހިނެމޭ ފެޓީ އެސިޑްތައް ހަރަކާތްތެރިވާތީއެވެ.

3. އިސްތަށިގަނޑު ދިގުވުމަށް އެހީތެރިވެދޭ

އިސްތަށި ފޭބުމަކީ މިއަދު ގިނަ ބައެއްގެ ނުހަނު ބޮޑު ކަންބޮޑުވުމަކަށްވެފައިވާއިރު، އަލްމަޑް އޮއިލްއަކީ އިސްތަށިގަނޑުގެ ހެދިބޮޑުމަށް އެހީތެރިވުމާއި ދިގު އިސްތަށިގަނޑެއް ލިބުމަށް މަގުފަހި ކޮށްދޭ އެތަކެއް މާއްދާތަކެއް އެކުލެވޭ ތެލެކެވެ.

އިސްތަށިގަނޑަށް އަލްމަންޑް ތެޔޮ : ރީތި އިސްތަށިގަނޑަށް ބޭނުންކުރެވޭނެ ފައިދާހުރި 3 ގޮތެއް މިއޮތީ!

  • އިސްތަށިގަނޑަށް މަސާޖުކުރުން

އިސްތަށިގަނޑު ދިގުކުރުމަށް އަލްމަންޑް ތެޔޮ ބޭނުން ކުރުމަށް އެންމެ ރަނގަޅު އެއް ގޮތަކީ އިސްތަށިގަނޑުގައި ތެލެއްގެ ގޮތުގައި ބޭނުން ކުރުމެވެ. ފިނި އަދި ހޫނު މޫސުމުގައި ތެޔޮ ބޭނުން ކުރުމުގެ ކުރިން ކުޑަކޮށް ހޫނުކޮށްލެވިދާނެ އެވެ.ރޭގަނޑު ނިދުމުގެ ކުރިން ތެޔޮ ހާކާލުމަށްފަހު ޖެހިގެން އަންނަ ދުވަހު ދޮވެލެވިދާނެ އެވެ.

  • ކޮންޑިޝަނަރ އާއި އެއްކޮށްލުން

އަލްމަންޑް ތެލަކީ އިސްތަށިގަނޑުގެ ތެތްކަން ހިފަހައްޓާ އެއްޗެކެވެ. އެހެންކަމުން ބޮލުގެ އިސްތަށިގަނޑަށް އަބަދުވެސް ހިކިފައިވާ ކަން އިހުސާސް ކުރެވޭނަމަ އާދައިގެ ކޮންޑިޝަނަރ ނުވަތަ ހެއަރ މާސްކާކާއި އެކު އަލްމަންޑް އޮއިލް އެއްކޮށްލުމުން މަޑު އަދި ދުޅަހެޔޮ އިސްތަށިގަނޑެއް ލިބިގެންދާނެ އެވެ. މިގޮތަށް ތެތް އިސްތަށިގަނޑުގައި އުނގުޅާލުމަށްފަހު، ދޮވެލުމުގެ ކުރިން 5 އާއި 8 މިނެޓް ވަންދެން މަޑުކޮށްލާށެވެ.

  • ގަވާއިދުން ބޭނުން ކުރުން

އަލްމަންޑް އޮއިލް އަކީ ގަވާއިދުން ބޭނުންކޮށްފިނަމަ އޭގެން ގިނަ ގުނަ ނަތީޖާތަކެއް ނެރެދެވޭނެ ތެލެކެވެ. ހަމައެއާއެކު، އަލްމަންޑް ތެޔޮ ބޭނުންކުރާއިރު، އެހެން ތެލަކާއި އެއް ކޮށްލައިގެންވެސް ބޭނުންކޮށްލެވިދާނެއެވެ.

]]>
Sun, 11 Aug 2024 19:32:52 +0500 ލިވަރ
އެވަޓާ 3: ފަޔަރ އެންޑް އޭޝް ސިނަމާތަކަށް https://heerasnews.com/2673 https://heerasnews.com/2673 އަާންމުންގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ހޮލީވުޑްގެ  "އެވަޓާ" ސީރީޒްގެ ތިން ވަނަ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވާ ތާރީހު އިއުލާންކޮށްފިއެވެ.

"އެވަޓާ: ފަޔާ އެންޑް އޭޝް" ގެ ނަމުގައި އަންނަ ޑިސެމްބަރު މަހު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމް ސީރީޒްގައި މިހާތަނަށް 2 ބައެއް ގެނެސްދީފައިވެއެވެ. އެގޮތުން، އެންމެ ފަހުން ގެނެސްދީފައިވަނީ "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އެވެ.

430 މިލިއަން ޑޮލަރުގެ ބަޖެޓުގެ އެ ފިލްމަށް ބޮކްސް އޮފީހުގައި 2.32 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. 2.923 ބިލިއަން ޑޮލަރުގެ އާމްދަނީއަކާއި އެކު، އެވަޓާގެ ފުރަތަމަ ފިލްމް ވެގެން ގޮސްފައިވަނީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމަށެވެ.

]]>
Sat, 10 Aug 2024 20:55:42 +0500 ލިވަރ
ބާގީ 4 ގެ ޝޫޓިން ފަށަނީ https://heerasnews.com/2651 https://heerasnews.com/2651 އެކްޝަން ފިލްމް ފްރެންޗައިޒް "ބާގީ" ގެ ހަތަރު ވަނަ ބައިގެ ޝޫޓިން މި އަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ޓައިގާ ޝްރޮފް ލީޑް ރޯލުން ފެނިގެންދާ މި ފިލްމަށް  ޑައިރެކްޓަރަކު ހަމަޖައްސައި، ފިލްމުގެ ބަތަލާ ވެސް ފައިނަލް ކުރުމުގެ މަސައްކަތް  މިހާރު ކުރިއަށްދާ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.

"ބާގީ" އެންމެ ފުރަތަމަ ރިލީޒް ކޮށްފައިވަނީ 2016 ގައި، ސަބީރް ހާންގެ ޑައިރެކްޝަނުގެ ދަށުންނެވެ. 

"ބާގީ 1" އަދި "ބާގީ 3" ގެ ބަތަލާ އަކީ ޝްރަދާ ކަޕޫރެވެ. "ބާގީ 2" ގެ ބަތަލާ ކަން ކޮށްފައިވަނީ ދިޝާ ޕަޓާނީ އެވެ. "ބާގީ 4" ގެ ބަތަލާ އަދި ޔަގީން ނުވެއެވެ. ގިނަ ބަޔެއްގެ އުންމީދު ގުޅިފައިވަނީ ޝްރަދާ އާއިއެވެ.

]]>
Thu, 01 Aug 2024 12:25:40 +0500 ލިވަރ
ފަލަސްތީނުން ގައުމީ އެއްބައިވަންތަކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރަނީ https://heerasnews.com/2632 https://heerasnews.com/2632 އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ހާން ޔޫނިސްގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 84 މީހުން ޝަހީދުވެ، 329 މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ގާޒާގެ 80 އިންސައްތައަށް ވުރެ ގިނަ ސަރަހައްދު ހުސްކުރުމަށް އަންގާފައެވެ. މި އަމުރާއި އެކު ރަހުމެއްނެތި ފަލަސްތީނުގެ މައުސޫމް ރައްޔިތުން ގަތުލް ކުރަމުންދާއިރު، އިޒްރޭލުން ކަނޑައަޅާފައިވާ "ނޯ ޒޯން" ގެ ދަށުން ފަލަސްތީނުގެ ރައްޔިތުން ތިބީ ދާނެތަނެއް ނެތިފައެވެ.

ފަލަސްތީނުގެ ފެކްޝަންތަކުން މިހާރުވަނީ ގާއްޒާގެ ކޮންޓްރޯލް ދެމެހެއްޓުމަށް އަމާޒު ހިފާފައެވެ. އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ކުރިއަށް ގެންދާ 9 މަސް ދުވަހުގެ ފަނާކުރަނިވި ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި"ގައުމީ އެއްބައިވަންތަކަމުގެ" އެއްބަސްވުމެއްގަ ސޮއި ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

ފަތަހަ ޖަމާއަތާއި ހަމާސް އިސްކޮށް އޮވެ ފަލަސްތީނުގެ 14 ޖަމާއަތަކުން ގައުމީ އެއްބައިވަންތަކަމުގެ އެއްބަސްވުމަކަށް އައީ 3 ދުވަހުގެ މަޝްވަރާތަކަކަށް ފަހުގައެވެ. ފަލަސްތީނުގެ ޖަމާއަތްތަކުގެ މެދުގައި އެއްބަސްވުމަކަށް އައީ ޗައިނާގެ ބޭޖިންގައެވެ. މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން ދަނީ ޗައިނާއިންނެވެ.

އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 39090 މީހުން ޝަހީދުވެ، 90،147 މީހުން ޒަހަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ މައުސޫމް ކުޑަކުދިންނާއި އަންހެނުންނެވެ.

]]>
Tue, 23 Jul 2024 21:27:52 +0500 ލިވަރ
މުއިއްޒަށް ހިންގަންނޭގުމުން ޒިންމާވާންޖެހުނީ ގަވަރުނަރު! https://heerasnews.com/2614 https://heerasnews.com/2614 ސަރުކާރުގެ ހަރަދު ބޮޑު ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ސަރުކާރު ދަރަނިވެރިވިތާ ކިތަންމެ ދުވަހެކެވެ. ހަރަދު ކުޑަ ކުރުމުގެ ނަމުގައި މުވައްޒަފުންގެ މުސާރަ ކުޑަކުރެވޭތޯ ވެސް އުޅެވިއްޖެއެވެ. ވީ ކަމެއް ހަރާމެވެ. ދޮގު މައްޗަށް ދޮގު ހަދަމުންގޮސް އަވަދިވަނީއެވެ. މިއީ ދެފުށް ފެންނަ ސަރުކާރެއް ކަމަށް ދެއްކުމަށް ކޮންމެ ހަފްތާއަކު ނެރޭ ވީކްލީ ފިސްކަލް ރިޕޯޓު ނުވަތަ ހަފްތާގެ މާލީ ހިސާބު އާންމު ނުކުރާތާ 3 ހަފުތާ ވެއްޖެއެވެ. 

މި ސަރުކާރުގެ މާލީ ހާލަތު ދަށްކަން އެއީ އެންމެންނަށް އެނގޭ ހަގީގަތެކެވެ. ބޭކާރު ހަރަދުތައް އިންތިހާއެވެ. ގައުމުގެ މާލީ ހާލަތު މިހާރު އޮތް ހިސާބަށް ވެއްޓުނީ ދެމުންދިޔަ ނަސޭހަތްތަކަށާއި އިރުޝާދުތައް ސަރުކާރުން ބޮލާލައި ޖެހުމުން ކަމަށް ގަވަރުނަރު އަލީ ހާޝިމްވެސް ވަނީ ވިދާޅުވެފައެވެ. މާލީ ހާލަތު ދަށްވުމުން މި ހުރިހާ ދުވަހު އައުޓް ކުރި އިންޑިއާވެސް ކުއްލިއަކަށް އިން ވެއްޖެއެވެ.

ކުޑަ އިރުއްސުރެ އަޑުއިވެމުންދިޔަ ވާހަކަ "އަޑު ނޭހުމުގެ ނަތީޖާ ހިތިވާނޭ" މި ސަރުކާރުގެ ވެރިންނަށް އަޑު އިވިފައި އޮތް ކަމަކަށް ނުބެލެވެއެވެ. ހަރަދު ކުރުމަށް އެމްއެމްއޭއާއި މާލީ އިދާރާތަކުން ދިން ލަފައަށް ބޯނުލެނބުމުން މާލީ ކާރިސާއެއް ކުރިމަތިވުމުގެ ބިރު އޮތް ކަމަށް އެންގުނު އަދަދެއްވެސް ނޭނގޭ ކަމަށް ގަވަރުނަރުވެސް ވަނީ ވިދާޅުވެފައެވެ. އަމިއްލައަށް ފޭހި އިލޮށި ހެރޭނީ އަމިއްލަ ލޮލަށޭ ބުނާ އަޑު އަހަމެވެ. ސަރުކާރުން ހަދާ ދޮގުތައް ފޮރުވަން ވީކްލީ ފިސްކަލް ރިޕޯޓް ނެރުންވެސް ހުއްޓާލީއެވެ. 

ސަރުކާރުން ކުރާ އިސްރާފާއި ލިބޭ މިންވަރަށް ނުބަލާ ކުރާ ހަރަދުން އިގްތިސޯދު ފާލުން ނައްޓާލީމާ އެހެން ބައެއްގެ ބޮލުގައި އަޅުވައިގެން ކަމުން ރެކެވޭކަށް ނޯވެއެވެ. ހިނގަ ހިނގާ އޮންނަ ސަރުކާރަކާ ހަވަލުވާއިރު އަރަންޏާ ދަރަނި އޮންނާނެކަން އެގެންވާނެއެވެ. ހުއްޓާނުލާ ދަރނީގެ ވާހަކަ ދައްކާއިރު ހުރިހާ ދަރަންޏަކީ އެއްފަހަރާ ދައްކާ ހަލާސް ކުރަން ޖެހިގެން އުޅެ އެއްޗެއް ހެންނެވެ. ކަނޑައެޅިފައި އޮންނަގޮތަށް ގަވައިދުން ދަރަނި އަދާކުރަމުން ދަންޏާ ދަރަނީގެ ބުރައަކީ ބުރައަކަށް ނުވާނެއެވެ. ދައްކަންޖެހޭ ދަރަނި މެނޭޖުކުރުމަށް ކުރަންޖެހޭ ކަމަކީ ހަރަދު ކުޑަކޮށް އިސްރާފު ނައްތާލުމެވެ. އޭރަކުން ދަރަނި އަދަކުރަން ދަރަނި ނެގުމަކީވެސް މައްސަލައަކަށް ނުވާނެއެވެ. ދަރަނި ނަގައިގެން ފަށާފައި ހުންނަ އިގްތިސޯދަށް މަންފާހުރި ކަންކަން ހުއްޓާނުލާ ކުރިއަށް ގެންގޮސް ނިންމުމަކީވެސް މުހިންމު ކަމެކެވެ. 

ރަށްރަށުގެ ބަނދަރުތައް ހެދި ކަރަންޓާއި ފެނުގެ ނިޒާމް ވަރުގަދަ ކުރެވުމުން ކޮންމެ ރަށަކީވެސް އިްތިސާދަށް ފައިސާ ވައްދަދޭ އިންޖީނަކަށް ބަދަލުވާނެއެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާވެ ކޮންމެ ރަށެއްގައިވެސް އެރަށެއްގައި ކުރެވެން އޮތް އިގްތިސާދީ މަސައްކަތެއް ފެށޭނެއެވެ. ވަޑާންގެތަކާއި ވޯކްޝޮޕްތައް ހިގައިގަންނާނެއެވެ. މަސްކައްކާ މަސްހިއްކާ މަސްވިއްކާ ހަދަން ޒަމާނީ ވަސީލަތް ބޭނުންކޮށްގެން ކުރިއަރާދާނެއެވެ. މީސްމަދު ބިންއޮތް ރަށްރަށުގައި އިގްތިސާދީ މަސައްކަތްތައް ފެށި ރަށުތޮށިން ބޭރަށް ރަށްރަށުގެ އިގްތިސާދީ ހަރަކަތް ނިކުމެ ހިނގައިގަންނާނެއެވެ. އެއްރަށުން ލިބެންނެތް ހިދުމަތް އަނެއް ރަށުން ހޯދަން މީހުންގަނޑު ފެތުރިގަންނާނެއެވެ. ކުރީ ސަރުކާރުން ރަށްރަށުގައި ޒަމާނީ ފެންވަރަށް ކަރަންޓާ ފެނުގެ ހިދުމަތްދީ ބަނދަރުތައް ހަދާ އާރުޓީއެލްގެ މަސައްކަތްކުރީ އެވިސްނުމުގައެވެ. އޭރުން ރަށުގައި ތިބެ ކުރާނެ މަސައްކަތް ލިބި މީހުން ފޯރުންތެރިވެ ދައުލަތަށް ފައިސާ ވަންނާނެއެވެ.       

ވެރިކަން ލިބުމުން ކަންކަން ކުރަންނޭނގި މަސް ނުބޭވުނީމާ ކަނޑު ނުބައިކުރާ ގޮތަށް މަނިޓަރީ ގަވަރުނަރު ބަދަލު ކުރުމަކުން އިގްތިސޯދު އެޅުވޭނެ ހަމައެއް ނުއޮންނަނާނެއެވެ. ގަވަރުނަރު އޮތީ އޭނާގެ ޒިންމާ ފުރިހަމައަށް އަދާކޮށްފައެވެ. ސަރުކާރުން ބަސް ނޭހުމުގެ އަދަބު ދޭންޖެހޭނީ ގަވަރުނަރަކަށް ނޫނެވެ.    

]]>
Tue, 16 Jul 2024 15:40:00 +0500 ލިވަރ
2080 ގެ ކުރިން ދުނިޔޭގެ އާބާދީ 10.3 ބިލިއަނަށް އަރާނެ https://heerasnews.com/2604 https://heerasnews.com/2604 މިހާރު މި ހިނގަމުންދާ  21 ވަނަ ގަރުނުގެ ތެރޭގައި ދުނިޔޭގެ އާބާދީ އެންމެ މައްޗަށް ގޮސް، 2080 ގެ އަހަރުތަކުގެ މެދުތެރޭގައި ގާތްގަނޑަކަށް 10.3 ބިލިއަން މީހުންނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އދ އިން ނެރުނު ރިޕޯޓަކުން ހާމަކޮށްފިއެވެ.  2024 ވަނަ އަހަރު ދުނިޔޭގެ އާބާދީއަކީ 8.2 ބިލިއަން މީހުންނެވެ.

އާބާދީ އިތުރުވުމަށްފަހު ދަށަށް ދާން ފަށާނެ ކަމަށް ލަފާކުރެވޭއިރު، މި ގަރުނު ނިމޭއިރު މަޑުމަޑުން 10.2 ބިލިއަނަށް ވެއްޓޭނެ ކަމަށް ލަފާކުރެވެއެވެ.

ޗައިނާ އާއި ޖަޕާން ހިމެނޭހެން 63 ގައުމެއްގައި 2024 ވަނަ އަހަރުގެ ކުރިން އާބާދީ ބޮޑުތަން އިތުރުވެގެން ގޮސްފައިވާއިރު، އިންޑިއާ އާއި އެމެރިކާ ފަދަ ގައުމުތަކަކީ ގަރުނުގެ މެދުތެރޭގައި ނުވަތަ 2100 ވަނަ އަހަރު ފަހުން އާބާދީ އިތުރުވާނެ ކަމަށް ލަފާކުރެވޭ 126 ގައުމެއްގެ ތެރޭގައި ހިމެނޭ ތަންތަނެވެ.

ފާހަގަކޮށްލެވޭ ކަމަކީ ކޮންމެ ހަތަރު މީހަކުން އެކަކު ދިރިއުޅެނީ މިހާރުވެސް އާބާދީ އާދަޔާ ހިލާފަށް އިތުރުވެގެން ގޮސްފައިވާ ގައުމެއްގައެވެ.

މި ހޯދުންތަކުން، ބުރާސްފަތި ދުވަހު އދ އިން ނެރުނު "ދުނިޔޭގެ އާބާދީގެ ކުރިމަގު 2024" ރިޕޯޓުގެ ބައެއްގެ ގޮތުގައި ގާތްގަނޑަކަށް ހުރިހާ ގައުމެއްގައި ވެސް އުމުރުގެ މުއްދަތު ނުވަތަ ލައިފް އެކްސްޕެކްޓެންސީ ކޯވިޑްގެ ކުރިން އޮތް ލެވެލް އަށް އަނބުރާ އައިސްފައިވާ ގޮތަށްވެސް އަލިއަޅުވާލައިފައިވެއެވެ.

ދުނިޔޭގެ އާބާދީ އާދަޔާ ހިލާފަށް މަތިވަމުން ދާއިރު ރާއްޖޭގެ އާބާދީ އޮތީ ދަށަށް ޖަހާފައެވެ. އުފަންވާ އާބާދީ މަދުވުމުން މުސްކުޅިންގެ އާބާދީ އިތުރުވެ މަސައްކަތް ކުރާ އުމުރުގެ އާބާދީ ވަރަށް ބޮޑަށް ދަށްވުމުގެ ބިރު ރާއްޖެއަށް އެބައޮތެވެ. 

]]>
Sat, 13 Jul 2024 12:30:00 +0500 ލިވަރ
ގިނަ ތަރިންގެ ތައުރީފާއި ހިތްވަރު ހީނާ ހާނަށް! https://heerasnews.com/2586 https://heerasnews.com/2586 މަޝްހޫރު ބަތަލާ ހިނާ ހާނަށް ސްޓޭޖް ތިނެއްގެ އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ޑައިގްނޯސް ކުރެވުނީއްސުރެ އޭނާ ދަނީ ގޮންޖެހުން ބޮޑު މަރުހަލާއެއް ތަހައްމަލު ކުރަމުންނެވެ.

ނަމަވެސް ހިނާ އެ ހުރިހާ ކަމަކާ ކުރިމަތިލީ ވަރަށް ހިތްވަރާއި އެކުއެވެ. ދާދި ފަހުން އޭނާ ވަނީ ކެންސަރު ފަރުވާގެ ސަބަބުން އިސްތަށި ފައިބަން ފެށުމުގެ ކުރިން އިސްތަށިގަނޑު ކޮށާލާފައެވެ.

ޖުލައި 4 ވަނަ ދުވަހު ހިނާ ހާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ އޭނާގެ އިސްތަށިގަނޑު ކޮށާފައެވެ. ބަތަލާ އާއި އޭނާގެ މަންމަގެ އެ އަސަރުގަދަ ވީޑިއޯއިންވެސް ހިނާގެ ހިތްވަރު ގަދަކަން ސާފުކޮށް ފެންނަން ހުއްޓެވެ. ކޮމެންޓް ސެކްޝަންގައި ހިނާގެ ގިނަ ރައްޓެހިންނާއި އިންޑަސްޓްރީގެ އެކުވެރިން އޭނާއަށް ލޯތްބާއި ހެޔޮއެދުންތައް ފޮނުވައި، އޭނާގެ ބަލި ރަނގަޅުވާނެކަމަށް އުންމީދު ކުރާ ކަމަށް ބުނެފައިވެއެވެ.

އެއާއެކު، ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޝިލްޕާ ޝެޓީ، ބޫމީ ޕެޑްނޭކާރު، މުރުނާލް ތާކޫރު، އަދި އެހެނިހެން ފަރާތްތަކުން އޭނާއަށް ހަމްދަރުދީ އާއި  ހެޔޮއެދުންތައް ފޮނުވާ ހިތްވަރު ދީފައިވެއެވެ.

]]>
Tue, 09 Jul 2024 20:42:00 +0500 ލިވަރ
އިޒްރޭލުން ސޭފް ޒޯން ތަކަށްވެސް ހަމަލާދެނީ! https://heerasnews.com/2580 https://heerasnews.com/2580 އިޒްރޭލުން "ސޭފް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދަކަށް  ދިން ވައިގެ ހަމަލާއެއްގައި އެއް އާއިލާއެއްގެ ނުވަ މެންބަރުން ހިމެނޭ ގޮތަށް ފަލަސްތީނުގެ 12 މީހަކު ޝަހީދު ކޮށްލާފައި ވާކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓް ކޮށްފިއެވެ.

ގައްޒާގައި ގެދޮރު ގެއްލިފައިވާ މީހުންގެ ޖުމްލަ އަދަދު 1.9 މިލިއަނަށް އަރާފައިވާ ކަމަށް ލަފާކުރެވޭތީ، ދެކުނުގެ ސިޓީއެއް ކަމަށްވާ ހާން ޔޫނިސްގެ ކައިރީގައިވާ ސަރަހައްދުތަކުން މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް އިޒްރޭލުގެ އަސްކަރީޔާއިން އަމުރު ކުރުމުން 250،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އދ. އިން ވަނީ ބުނެފައެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް ވެސް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު ޝަހީދުވި ފަހުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 6 އަށް ވަނީ އަރައިފިއެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގައި 37،925 މީހުން ޝަހީދުވެ 87،141 މީހުން ޒަހަމްވެފައިވެއެވެ.

]]>
Wed, 03 Jul 2024 16:06:58 +0500 ލިވަރ