Maldives Real Time Facts & މުއާޒު https://heerasnews.com/rss/author/chief-editor Maldives Real Time Facts & މުއާޒު dv ކޮޕީރައިޓް: Heeras news llp (P01362021) އުޝާމަށް: އަލައްބާރަކީ އަނެއްހެން ރަނގަޅު މީީހެއް ނޫން https://heerasnews.com/4732 https://heerasnews.com/4732 އެމެރޭޓްސްގެ މަހުޖަނު އަލް އައްބާރު (އަލައްބާރު) ގެ މޮޅުވާހަކަ މިދުވަސްވަރު ދިވެހި ނޫސްތަކުގައި ލިޔެފައި ހުންނާތީ އެބަފެނެއެވެ. އޭނާގެ ހެޔޮކަމުގެ ވާހަކައެވެ. އޭނާގެ އިހުސާންތެރިކަމުގެ ވާހަކައެވެ. އިސްލާމް ދީނަށް ނަސްރުދިނުމާއި އިންސާނިހައްގުތައް ކުރިއެރުވުމުގައި އޭނާގެ ހިއްސާ ބޮޑު ވާހަކައެވެ.

އެހެންނަމަވެސް އަލް އައްބާރަކީ ދިވެހި ގިނަ ނޫސްތަކުން ސިފަކުރާ ކަހަލަ މާތް މީހެއް ނޫނެވެ. އޭނާގެ ކޮންމެ އަމަލަކީ ވިޔަފާރިއެކެވެ. އިންސާނިއްޔަތުކަމާއި ކުލުނާއި ދީން މަތިވެރިކުރުމަކީ އޭނާގެ ތަބީއަތެއް ނޫނެވެ. އެމެރޭޓްސްގައި އޭނާ ކޮށްފައިވާހާ ކަމެއް ކޮށްފައިވަނީ ޒާތީ މަންފާއަށެވެ. ގައުމުން ބޭރުގައި ކުރިކަމަކާއި ކުރާކަމަކީ އޭނާގެ ވިޔަފާރި ނޫން ކަމެއް ނޫނެވެ. 

އެތައް ތަނެއްގައި އެތައް ފަހަރަކު އޭނާގެ ދުލުން އޭނާއަކީ ވިޔަފާރި ކުރާ މީހެއްކަމަށް ބުނެފައިވެއެވެ. ވިޔަފާރީގައި އެންމެ މަންފާ ބޮޑު ގޮތަކަށް އެ ވަގުތަކަށް ކުރަންޖެހޭ ކަމެއް ވިޔަފާރި ވެރިޔާ ކުރާނެއެވެ. ވިޔަފާރި ކުރުމުގައި ވަކި ދީނެއްގެ މީހެއް ވަކި ގައުމެއް ވަކި ނަސްލެއް ވިޔަފާރިވެރިން ނުބަލައެވެ. އެ މީހުން ބަލަނީ އެންމެ ފައިދާ ބޮޑުގޮތެކެވެ. 

ތެދެކެވެ. އޭނާ ޔޫއޭޢީ އާއި ގައުމުން ބޭރުގައި މިސްކިތް އަޅާފައި އެބަހުއްޓެވެ. އެކަމަކު އެއިން އެއްވެސް މިސްކިތަކީ މިސްކިތެއް އަޅާދިނުމުގެ ގޮތުން އަޅާފައި ހުރި ތަންތަނެއް ނޫނެވެ. ވިޔަފާރި އުސޫލުން އޭނާ ހިންގާ ޕްރޮޖެކްޓެއްގެ ތެރޭގައި ހިމެނިގެން ނޫން ގޮތަކަށް އެންމެ މިސްކިތެއް ވެސް އޭނާ ބިނާކޮށްފައެއް ނެތެވެ. ސައޫދީ އަރަބިއްޔާގައި އަޅާފައިވާ މިސްކިތަކީ ކިންގް އަބްދުއްލާ ކޮމާޝަލް ސިޓީ ޕްރޮޖެކްޓޮގައި ހިމެނިގެން އެޅިތަނެކެވެ. ސީރިއާގެ ދިމިސްގުގައި އެޅި މިސްކިތަކީ ވެސް ސައޫދީގެ ކޭއެސް ރިލީފް އިނިޝިއޭޓް ޕްރޮގްރާމްގެ ތެރެއިން ބިނާކުރި މިސްކިތެކެވެ. 

ޔޫއޭއީގައި އޭނާ އަޅާފައި ހުރި މިސްކިތްތަކަކީ ވެސް ޔޫއޭއީގެ ކޮންމެވެސް ތަރައްގީގެ މަޝްރޫއެއްގެ ތެރެއިން ބިނާކުރި ތަންތަނެވެ. ޔޫއޭއީގައި އޮންނަ ޔަހޫދީ އާބާދީއަށް އެމީހުން އަޅުކަންކުރަންވެސް ތަންތަންވެސް އޭނާ އެހުރީ އަޅާފައެވެ. އޭނާ މިސްކިތެއް އެޅިޔަސް އަޅަނީ އިސްލާމްދީނަށް ނަސްރު ދިނުމުގެ ގޮތުން ނޫންކަމާއި އޭނާގެ ވިޔަފާރިއަށްކަން މިކަންކަމުން ވަރަށް ސާފެވެ. އެ ގޮތަށް ރަސްމާލޭގައި ވެސް މިސްކިތެއް ހުންނަންޖެހޭތީ އެތާވެސް މިސްކިތެއް އަޅާނެއެވެ. 

ފަލަސްތީނު މައްސަލައާއި ގުޅުވައިގެން އަލައްބާރު ދައްކާފައި ހުރި ވާހަކަތަކުން އެކަނިވެސް އަލައްބާރަކީ ދިވެހި ރާއްޖޭގެ ބައެއް ނޫސްތަކުން ސިފަކުރާ ހެޔޮ މީހާ ނޫންކަން ސާފުވެއެވެ. އަލައްބާރު ބުނާގޮތުން ނަމަ “އެމީހަކު ކައި ހަޑިކުރާ ތަށި ސާފު ކުރަންޖެހޭނީ އެމީހަކު - އެމީހެއްގެ އެނދު ރީތި ކުރަންޖެހޭނީ އެމީހަކު”އެވެ. އެވާހަކައިން މީހުންނަށް އެހީވުމަކީ އޭނާގެ ނެތް ސިފައެއްކަން އެނގިގެން ދެއެވެ.

އަލައްބާރު ތަކުރާރުކޮށް ބުނެފައިވަނީ "ގާޒާގެ މައްސަލައަކީ އެމީހުންގެ މައްސަލައެއް، އެކަން ހައްލު ކުރަން ޖެހޭނީ އެ މީހުން އެއީ އަހަރުމެންނާއި ބެހޭ ކަމެއް ނޫން” ކަމަށެވެ. މިހާވަރުން އަލައްބާރަކީ ކާކުގަން އެނގެންވާނެއެވެ.

އޭނާއަކީ ވިޔަފާރިކުރާ މީހެއްކަމާއި އޭނާއަށް ސްޕޮންސަރ ދޭ މީހުންގެ ވިޔަފާރިތަކަށް އޭނާ އިސްކަމެއްދީގެން މަސައްކަތް ކުރާނަމޭ ބުނެ ފާޅުގައި ޒަޔަނިސްޓު ވިޔަފާރިވެރިންނާ އުޅެނީ ގުޅިލާމެހިގެންނެވެ. “ޔަހޫދީންގެ ރަގަޅު ކަންއެނގޭނީ އެމީހުންނާއި އެކު ދިރިއުޅުނީމާ" ކަމަށް ބުނާ އަލައްބާރު ރަނގަޅު މީހަކަށް ވާނެ އެއްގޮތެއްވެސް ނުއޮންނާނެއެވެ.

]]>
Sun, 08 Nov 2026 07:42:08 +0500 މުއާޒު
ރަސްމާލެ | އަބްރަހަމް އެކޯޑްގެ އިންޑިޔާކަނޑު ވޮޗްޓަވަރ https://heerasnews.com/4729 https://heerasnews.com/4729 މެދު އިރުމަތީގެ މަސްރަހު އަލުން ބައްޓަން ކުރުމަށްޓަކާ ޔޫއޭއީ އާއި ސައޫދީއަރަބިޔާއިންނާއި އިޒްރޭލުން 2018 ވަނަ އަހަރު  2 ބިލިޔަން ޑޮލަރު ހޯދައިގެން މަސައްކަތްތަކެއް ކުރަންފެށިއެވެ. އެތޮޑޮކްސް ޔަހޫދީއެއް ކަމަށްވާ  ޖެރެޑް ކުޝްނާ އަކީ އެމެރިކާގެ  ރައީސް ޓްރަމްޕްގެ ދަރިފުޅުގެ ފިރިކަލުންނެވެ.

ޖެރެޑް ކުޝްނާ ފަށާފައިވާ ފުޅާ މެދުއިރުމަތީގެ ތަސައްވުރު އދ ގެ ޖެނެރަލް އެސެމްބްލިގައި އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ 2025 ވަނަ އަހަރު ވަނީ ދުނިޔެއާ ހިއްސާކޮށްފައެވެ. ނަތަންޔާހޫ އެދުވަހު އދގެ އާއްމު މަޖިލީހުގައި ބުނީ ޖެރޫސަލަމުން މައްކާއަށް އިބްރާހީމިންނަށް އެއްގަލަށްއެރޭ ފެށުމެއްގެ ވާހަކައެވެ. ނަތަންޔަހޫ އެ އިޝާރަތްކުރީ އިބްރާހީމްގެ ފާނުގެ ދަރިފަސްކޮޅަށެވެ.

ޒަޔަނިސްޓުންގެ އެ މަގުޞަދު ހާސިލުކުރުމަށްޓަކައި، އަރަބި ޤައުމުތަކުން އިޒްރޭލާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް، ގުޅުންތައް އާންމު ހާލަތަކަށް ގެނައުމަށް "އަބްރަހަމް އެކޯޑް" އެކުލަވާލިއެވެ.

2020 ވަނަ އަހަރު މި އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރި ޤައުމަކީ ޔޫއޭއީއެވެ. މި އެއްބަސްވުމުގެ ދަށުން، ޔޫއޭއީން ދަނީ އެ ގައުމުގެ ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމަންޓްތައް މެދުވެރިކޮށް، މި ސަރަޙައްދުގައި އިޒްރޭލުގެ ނުފޫޒު ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

"ރަސްމާލެ" މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ނުފޫޒު ފެތުރުމަށްޓަކައި، އިޒްރޭލުގެ މީހުން ދާއިމީކޮށް ދިވެހިރާއްޖޭގައި ވަޒަންވެރިކުރުވުމަށް ހިންގާ މިފަދަ އެއް މަޝްރޫޢެވެ.

މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އުތުރުގައި އޮންނަ "ސެވަން ޑިގްރީ ޗެނަލް"  ހުރަސްކޮށް ދަތުރުކުރާ ކަނޑުގެ އުޅަނދުފަހަރު ކޮންޓްރޯލް ކުރުމާއި، މިޞްރާއި އީރާނުގެ ބާރުގެ ދަށުގައިވާ ސުއޭޒް ކެނަލް އަދި ސްޓްރެއިޓް އޮފް ހޯމޫޒަށް ދަތުރުކުރާ އުޅަނދުފަހަރަށް ފާރަވެރިވެ، އެ ކަންކަން ބެލެހެއްޓުމެވެ.

އެހެންކަމުން، ރަސްމާލެއަކީ ހަމައެކަނި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓެއް ނޫނެވެ. އެއީ ޖިއޯޕޮލިޓިކަލް ބާރުވެރިކަން ހޯދުމަށާއި އިންޑިއާ ކަނޑުގެ މަގުތައް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖެއިން ބިން ގަތުމަށް ހިންގާ ޝަހުޔޫނީ ސިޔާސީ ރޭވުމެކެވެ.               

]]>
Sat, 07 Nov 2026 13:07:06 +0500 މުއާޒު
ބޮޑު ޝޭހު ލަތީފުގެ ބަދު ދުއާއެއް ބޮޑު ޅިޔަނު މުއިއްޒަށް އަމާޒުވުން https://heerasnews.com/4727 https://heerasnews.com/4727 މާތް ކަލާނގެ ކުޅަދުން ވަންތަކަމެވެ. މީސް މީހުންގެ ހުންނަ މުނާފިގުކަމާއި ޖާހިލުކަމާއި ހަސަދަވެރިކަން އެނބުރި އެބަޔަކަށް ޖެހުމަކީ އައުކަމެއް ނޫނެވެ، ޝޭހުންގެ ވަންހައަކުން އުފެދިގެން ދީނީ ކާޑު ކުޅެމުން އެހެން މީހުން ކާފަރުކުރަމުން ލާދީނި ކުރަމުން އައި ވެރިކަމެއްގެ ނުބައިކަން ދިވެހިން މިހާރު މިދަނީ ތަހައްމަލު ކުރަމުންނެވެ. 

ސަލަފީ ޖަނާބީންގެ ވެރިކަމަކީ ދިވެހިންނަށް ޖެހުނު ބަލާ މުސީބާތަކަށް ވެފައިވަނީ އެއްކަމެއް ދެކަމެއްގައެއް ނޫނެވެ. ވައްކަމާއި ހިޔާނާތާއި ރިޝްވަތު ވެރިކަމުގެ ތެރޭގައި ކެކިއަރަނީއެވެ. ޝަހުވަތާއި އައްޔާސީ ކަމުގައި ހައްދެއް ނެތެވެ. ހައްޖާއި އުމުރާއަކީ ޓްރެވަލް ބިޒްނަސްއަކަށް ހަދައިފިއެވެ. ޒަކާތާއި ސޮދަގާތަކީ ފައިދާ ހޯދާ ވިޔަފާރިއަކަށް ބަދަލުކޮށްފިއެވެ. ރިބާއަކީ މާލީ ނިޒާމުގެ މައިބަދައަށް ހަދައިފިއެވެ. 

އެންމެ ފަހުން މުދަލާއި ފައިސާއާއި މުއްސަދިކަމަށްޓަކައި ގައިރު މުސްލިމުން ރާއްޖޭގައި ވަޒަންވެރިކޮށް ރާއްޖޭގައި އޮތް ސައްތައިން ސައްތަ އިސްލާމީ ވަންތަކަން ނަގާލުމުގެ އަމަލީ މަސައްކަތްފެށީއެވެ. ދީނަށްޓަކާ ގައުމައްޓަކާ ބޮޑު ދިދަޔާ ވާހަކަދެއްކި ވެރިޔާ ކުރާންބުނި އެއްވެސް ކަމެއް ނުކޮށް ނުކުރާންބުނި ހުރިހާ ކަމެއް ކޮށް ނިންމަނީއެވެ. 

ބޮޑު ޅިޔަނު މުއިއްޒުގެ ހުރިހާ މުޑުދާރު އަމަލެއް މަތިއަޅާދީ އޮބަހައްޓާ ދީނިކުލަ ޖައްސާދޭ އެކަކީ މާމިސްކިތުގެ މާމުދިކަން ދީފައި ހުރި ޝައިހު ލަތީފެވެ. ވަޒީރުން ފެންވަރުގައި މަހާރެހެންދި ސާޖިދާގެ ބޮޑުބޭބެ ލަތީފަށް ދީނީ އިމާމުކަން ދޭނީ ގައިމު ކަމެއް ވެގެންތާއެވެ. ބޭރުފުށުން ބޯކިރު ކޮޅެއްގެ ސިފައިގައި ފެނުނަމަވެސް އާރާއި ބާރާއި ޖެހުމުން ހައްގަކީ ބާރުކަމަށް އެތިބެނީ ހަދައިގެންނެވެ. 

ގައިރު ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިކުރުވަން އުޅޭކަމަށް ބުނެ ކުރީ ސަރުކާރުގެ ދުވަސްވަރު ޝޭހު ލަތީފް ވަނީ އެތައް ވާހަކައެއް ދައްކާ ދީނީ ފިތުނަ އުފައްދާފައެވެ. އެންމެފަހުން އެކްސްގައި އާއްމުކޮށް ފެންނާނޭހެން ވަނީ ބަދު ދުއާއެއްވެސް ކޮށްފައެވެ. 2020ގައި އޭނާ އެކުރި ބަދު ދުއާއެއް ކުރީ ކުށް ހީއަކަށެވެ. ހަގީގަތް ބެލުމެއްނެތި ނަފްރަތު އުފެއްދުމަށް ކުޅެލި ދީނީ ކާޑެކެވެ. 

އާހިރުގައި ބޮޑު މިސްކިތު މާމުދިމު ކުރިން އެކުރި ބަދުދުއާ މިސްރާބުވެގެން ދަނީ މިހާރަށެވެ. ބޮޑުޅިޔަނު މުއިއްޒަށާއި ދީނީ ތާކިހާ އަޅައިގެން ތިބި ލަތީފުމެންގެ ލާދީނީ އާއިލީ ސަރުކާރަށެވެ. ލަތީފުގެ އެ ބަދުދުއާ ނިސްބަތްވަނީ އެސަރުކާރަކުން ވަޒީރެއްގެ މުސާރަ ލަތީފް ނަގާ ސްކޭމަރުންގެ ލާދީނީ ސަރުކާރަށެވެ. ލަތީފުގެ އެ ބަދުދުއާ ރައްދުވަނީ ގައިރު މުސްލިމުން ވަޒަންވެރި ކުރަން އަލައްބާރު މިލިޔަނުން ޑޮލަރ ދިން ބްރަދަރ އަބްދުއްލާ ސަލަފީ ކާޑް ކުޅެދޭ މުއިއްޒު ޅިޔަނަށެވެ.

]]>
Sat, 07 Nov 2026 09:28:27 +0500 މުއާޒު
ރިސޯޓް ހަދަން ދޫކުރިފަޅެއް ބޭރުމީހުން ވަޒަންވެރިކުރަން ބަދަލުކޮށްލުމަކީ ޖަރިމާއެއް: ޝަމްހީދު https://heerasnews.com/4709 https://heerasnews.com/4709 ބޭރު މީހުން ރާއްޖޭގައި ވަޒަންވެރި ކުރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ކަންބޮޑުވުން ހުރީ ހަމައެކަނި ރަސްމާލޭގައި އީގަލް ހިލްސް އިން ތަރައްގީކުރަން އުޅޭ ވަޒަންވެރިކުރުވުމުގެ މަޝްރޫއުއުގައި އެކަންޏެއްނޫނެވެ.

ނ.އަތޮޅުގައި ހިންގާ ޕްރޮޖެކްޓް އައިލާ، އެސް.އީ.ޒެޑް ޓައުންޝިޕް އަދި ޕާލް ވިސާ ޕްރޮގްރާމާ ގުޅޭގޮތުން ވެސް ބޮޑެތި ކަންބޮޑުވުންތައް އެބަހުއްޓެވެ. 

ޕްރޮޖެކްޓް އައިލާ، އެސް.އީ.ޒެޑް ޓައުންޝިޕް އަދި ޕާލް ވިސާ ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ޖަވާބުދާރީވާންޖެހޭ ގިނަ ކަންތައްތަކެއް ޑރ. އަހުމަދު ޝަމްހީދު ވަނީ ފާގަކުރައްވާފައެވެ. ޑރ. ޝަމްހީދު ވިދާޅުވާ ގޮތުގައި އެމް.ޑީ.ޕީ ސަރުކާރުން ފުރަތަމަ 11 ރަށުގެ މައްޗަށް އެކުލެވޭ  ނ. ދިގުފަރުފަޅު ދޫކުރީ 262 ކޮޓަރީގެ "އަލްޓްރާ ލަގްޒަރީ" ރިސޯޓެއް ތަރައްގީ ކުރުމަށެވެ.

މިފަދަ އަލްޓްރާ ލަގްޒަރީ ރިސޯޓަކުން ބިމުގެ ކުއްޔާއި، ޓީ.ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި އަހަރަކު 60 އާއި 70 މިލިއަން ދިވެހި ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ އާމްދަނީ ސަރުކާރަށް ސީދާގޮތެއްގައި ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންނަމަވެސް ރިސޯޓު ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، މި ސަރުކާރުން ވަނީ އެސް.އީ.ޒެޑް ގާނޫނަށް އިސްލާހެއް ގެނެސް "ސަސްޓެއިނަބަލް ޓައުންޝިޕް" ގެ ނަމުގައި އައު ގިންތިއެއް ތައާރަފުކޮށްފައެވެ.

ގާނޫނަށްގެނައި އިސްލާހަށް އަމަލުކުރަން ފެށިތާ ގާތްގަނޑަކަށް އެއް މަސް ދުވަހުގެ ތެރޭގައި، ކުރިން އޮތް އައިލާ މަޝްރޫއަށް އެސް.އީ.ޒެޑް ދަރަޖަ ދީ، އެ މަޝްރޫއު "ސަސްޓެއިނަބަލް ޓައުންޝިޕް" އަކަށް ބަދަލުކުރެވުނުކަން ޑރ. ޝަމްހީދު ފާހަގަ ކުރައްވައެވެ. ޑރ. ޝަމްހީދު ވިދާޅުވާ ގޮތުގައި މިއީ ސަރުކާރުން ޖަވާބުދާރީ ވާންޖެހޭ ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެކެވެ.

ޑރ. ޝަމްހީދު އުފައްދަވާ ސުވާުލުތައް: 

  1. ރިސޯޓް ހަދަން ދޫކޮށްފައިވާ ތަނެއް ޓައުންޝިޕްއަކަށް ބަދަލު ކުރީ ގާނޫނީ އިމުގެ ތެރެއިންތޯ؟
  2. އެސް.އީ.ޒެޑްގެ މާއްދާތަކަކީ އަލަށް ކުރެވޭ އިންވެސްޓްމަންޓްތަކާއި އައު މަޝްރޫއުތަކަށް އަމާޒުކޮށްފައިވާ އެއްޗަކަށްވާއިރު، ދޫކޮށްފައިވާ އަދި މަސައްކަތް ހިނގަމުންދާ 262 ކޮޓަރީގެ ރިސޯޓު މަޝްރޫޢެއް އެސް.އީ.ޒެޑް ޓައުންޝިޕަކަށް ބަދަލުކުރީ ކިހިނެއްތޯއެވެ؟
  3. ފަތުރުވެރިކަމުގެ މި މަޝްރޫއު ބަދަލުކުރީ ގާނޫނުގެ ސީދާ ކޮން މާއްދާއެއްގެ ދަށުންތޯ އާއި، މި ބަދަލު ގެނައުމުގެ ހުއްދަ ދިނީ ކޮން ފަރާތަކުންތޯއެވެ
  4. އާމްދަނީ ލިބޭނެ ރިސޯޓެއް، ޓެކްސްގެ އިނާޔަތްތައް ލިބޭ އެސް.އީ.ޒެޑް އަކަށް ބަދަލުކުރީ ކީއްވެތޯ؟
  5. ބަދަލު ހުއްދަކުރުމުގެ ކުރިން، އަސްލު ރިސޯޓު މޮޑެލް ދޫކޮށްލުމުން ދިވެހިރާއްޖެއަށް ގެއްލޭނެ އާމްދަނީގެ މިންވަރު ސަރުކާރުން ހިސާބުކުރިތޯއެވެ؟
  6. ރިސޯޓުން އަހަރަކު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަކީ ކޮބައިތޯ އާއި، މިހާރުގެ ޓައުންޝިޕުން އަހަރަކު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަކީ ކޮބައިތޯއެވެ؟

ދާއިރާގެ މާހިރުން ދެކޭގޮތުގައި، އެސް.އީ.ޒެޑްގެ ދަށުން ލިބޭ ފުޅާ ޓެކްސް އަދި ކަސްޓަމްސް އިނާޔަތްތަކުގެ ސަބަބުން، އަސްލު ރިސޯޓެއްގެ ގޮތުގައި ހިންގިނަމަ ލިބޭނެ އާމްދަނީގެ ކުޑަ މިންވަރެއް މެނުވީ ދައުލަތަށް ނުލިބޭނެއެވެ. މި ދެ ހިސާބުވެސް އާންމުކޮށް، ރައްޔިތުންނަށް އެ އަޅާކިޔުމުގެ ފުރުސަތު ދިނުމަށް ޑރ. ޝަމްހީދު ގޮވާލައްވައެވެ.

ޑރ. ޝަމްހީދު އުފައްދަވާ އެހެން ބައެއް ސުވާލުތަކަކީ:-

  1. ބޭރުގެ މުދާ ގަންނަ ފަރާތްތަކަށް ދިވެހިންނަށްވުރެ ރަނގަޅު ޓެކްސް އިނާޔަތްތަކެއް ދޭންވީ ކީއްވެތޯ؟އާންމުކޮށް ރާއްޖޭގެ ބާޒާރުން ދިވެއްސަކު މުދަލެއް ނުވަތަ ގެދޮރެއް ގަންނައިރު 8 އިންސައްތައިގެ ޖީ.އެސް.ޓީއެއް ދައްކަންޖެހެއެވެ. ނަމަވެސް، މި ޓައުންޝިޕްތަކުގެ ތެރޭގައި ހިންގާ މުދަލުގެ މުއާމަލާތްތަކުން ނަގާ ޓެކްސް 1 އިންސައްތައާ ގާތްކުރާ މިންވަރަކަށް ކުޑަވުމުގެ ފުރުސަތު އެބައޮތެވެ.
  2. ރާއްޖެއިން ގެދޮރު ގަންނަ ދިވެހި ރައްޔިތަކު، އެސް.އީ.ޒެޑެއްގެ ތެރެއިން މުއްސަނދި ބޭރު މީހަކު ގަންނަ ލަގްޒަރީ މުދަލަށްވުރެ ބޮޑު ޓެކްސްއެއް ދައްކަންޖެހެނީ ކީއްވެތޯއެވެ؟
  3. ދިވެހި އިޤްތިޞާދަށް ކުރާނެ ފައިދާއަކީ ކޮބައިތޯ؟

މި ތަންތަން ގަތުމަކީ "އިންވެސްޓްމަންޓެއް" ކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނެއެވެ. ނަމަވެސް، މީހަކު އެޕާޓްމަންޓަކަށް 250,000 އެމެރިކާ ޑޮލަރު ދައްކައިފި ނަމަ، އެ ފައިސާގެ ބޮޑުބައި ދާނީ އެ ތަން ތަރައްގީކުރި ފަރާތަށެވެ.

އަންނަނިވި ސުވާލުތަކަކީވެސް ނުއުފެދި ނުދާނެ ސުވާލުތަކެކެވެ.

  1. މީގެ ތެރެއިން ދިވެހި ދައުލަތުގެ ހަޒާނާއަށް ވަންނަނީ ކިހާ ފައިސާއެއްތޯއެވެ؟
  2. ދިވެހި ބޭންކިންގ ނިޒާމުގެ ތެރެއަށް ވަންނަންޖެހެނީ ކިހާ ފައިސާއެއްތޯއެވެ؟
  3. އިންވެސްޓްމަންޓުގެ ތެރެއިން ދިވެހި އިޤްތިޞާދުގެ ތެރޭގައި ދައުރުވާން ލާޒިމުކުރަނީ ކިހާ މިންވަރެއްތޯއެވެ؟
  4. ކަސްޓަމްސް އަދި ބޯޑަރު ސަލާމަތީ އިންތިޒާމުތަކަކީ ކޮބައިތޯ؟

އެސް.އީ.ޒެޑްތަކަށް ކަސްޓަމްސްގެ ބޮޑެތި އިނާޔަތްތަކެއް ލިބެއެވެ. އެހެންކަމުން، މި ޓައުންޝިޕްތަކަށް އެތެރެވާ ތަކެތީގެ މައްޗަށް މޯލްޑިވްސް ކަސްޓަމްސްގެ އޮތީ ކޮން ބާރެއްކަން ސަރުކާރުން ސާފުކޮށްދޭންޖެހެއެވެ.

އިތުރަށް އުފައްދަވާ އެހެން ސުވާލުތަކެއް ވެސް އެހުއްޓެވެ.

  1. ގާނޫނީ ގޮތުން ބޭނުންވާ ކޮންމެ ހިނދެއްގައި، އެތަނުގެ މުދާ ބަރުކޮށްފައި ހުންނަ ތަންތަނާއި، ގުދަންތަކާއި، ގެތަކާއި ނުވަތަ ވިޔަފާރި ކުރާ ތަންތަން ބަލައި ފާސްކުރުމުގެ ބާރު ކަސްޓަމްސްއަށް އޮތްތޯއެވެ.
  2. ޓައުންޝިޕްގެ މެރީނާ މެދުވެރިކޮށް އެތެރެވާ ތަކެތި މޮނިޓަރ ކުރަނީ ކޮން ފަރާތަކުންތޯއެވެ؟

އީ.ޒެޑްގެ އިނާޔަތްތަކަކީ މަނާ ތަކެތި ނުވަތަ ނުރައްކާތެރި ތަކެތި ރާއްޖެއަށް އެތެރެކުރުމަށް ހުޅުވޭ ދޮރަކަށް ނުވާނެކަން ސަރުކާރުން ކަށަވަރުކޮށްދޭންޖެހެއެވެ. އެހެންކަމުން ގައުމީ ސަލާމަތުގެ ފުރިހަމަ ޒިންމާ އުފުލާނީ ކޮން ފަރާތަކުންތޯއެވެ.

ޓައުންޝިޕް މަޝްރޫޢުގެ ސަބަބުން، ދިވެހި ފަސްގަނޑުގައި ބޭރު މީހުން ދިރިއުޅޭ، އަމިއްލަ ގެދޮރާއި، ސުކޫލްތަކާއި، ސިއްހީ ހިދުމަތްތަކާއި، ވިޔަފާރި މަރުކަޒުތަކާއި، މެރީނާ އަދި މާލީ ހިދުމަތްތައް ހިމެނޭ ވަކި މުޖުތަމައެއް އުފެދިގެންދާނެއެވެ. އެޢައި އެކު ކޮންމެ ތަނެއްގައި ދިރިއުޅެނީ ކޮން ބައެއްކަން އެނގެނީ ކާކަށްތޯއެވެ؟

އެމީހުންގެ ފަސްފަހަތާއި، ފައިސާ ހޯދި ގޮތާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ލިސްޓުގައި ހިމެނޭތޯ ބަލައި، އަސްލު މިލްކުވެރިންނަކީ ކޮބައިކަން ކަށަވަރުކުރަނީ ކޮން ފަރާތަކުންތޯއެވެ؟

އުފެދޭ އެންމެ ބޮޑު އަނެއް ސުވާލަކީ ހެންލީ އެންޑް ޕާޓްނާސް ހޮވަންޖެހުނު ސަބަބަކީ ކޮބައިތޯ؟

އިންވެސްޓްމަންޓް-މައިގްރޭޝަން ޕްރޮގްރާމްތަކާ ގުޅިގެން ހެންލީ އެންޑް ޕާޓްނާސްއަށް ބައިނަލްއަގުވާމީ ފެންވަރުގައި ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވެފައިވާތީ، މި ކުންފުނި ހޮވަންޖެހުނު ސަބަބު ސަރުކާރުން ސާފުކޮށްދޭންޖެހެއެވެ.

އެގޮތުން އުފެދޭ ސުވާލުތައްވެސް ބައިވަރެވެ.

  1. ހެމްލޯ އެންޑް ޕަރޓްނަރސް ކުންފުނި ހޮވީ ވާދަވެރި ބިޑިންގ މަރުހަލާއެއްގެ ތެރެއިންތޯއެވެ.
  2. މަޝްރޫއުގައި ހެންލީގެ ދައުރަކީ ކޮބައިތޯއެވެ.
  3. ކާމިޔާބުވާ ކޮންމެ ހުށަހެޅުމަކުން ހެންލީއަށް ލިބެނީ ކިހާވަރެއްތޯ؟ އަދި ދިވެހި ދައުލަތަށް ލިބެނީ ކިހާ މިންވަރެއްތޯ؟
  4. ކޮންމެ ހުށަހެޅުމަކުން ހެންލީއަށް ކޮމިޝަނެއް ލިބޭތޯ؟

މިހުރީ ހައްތަހާވެސް އާންމު މަސްލަހަތާ ގުޅިފައިވާ ކަންކަމެވެ. އެހެންކަމުން، ސަރުކާރާއި ހެންލީ އެންޑް ޕާޓްނާސްއާ ދެމެދު ވެފައިވާ އެއްބަސްވުން އާންމުކުރަންޖެހެއެވެ.

]]>
Fri, 06 Nov 2026 17:45:00 +0500 މުއާޒު
މުއިއްޒު ހިންގާ އިގްތިސޯދީ ޖަރީމާތަކުގެ ޒިންމާ އުފުލަން ޖައްސާނީ ސައީދަށް https://heerasnews.com/4726 https://heerasnews.com/4726 ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހުގެ އިތުބާރު މިނިސްޓަރ ސައީދަށް އޮތުމަކީ ރައްޔިތުންގެ އިތުބާރު ސައީދަށް އޮތުމެއް ނޫނެވެ. ރައްޔިތުންގެ ތެރޭގައި އަނގަފުޅާކޮށް އެކިފަހަރު މަތީން މިނިސްޓަރ ސައީދު ދައްކާފައިވާ ވާހަކަތަކުން އޭނާގެ އިތުބާރު ރައްޔިތުންގެ ތެރޭގައި ގެއްލުނުތާ ކިތަންމެ ދުވަހެކެވެ. އެ ހެން ނޫނަސް އިތުބާރު އޮތްކަމަށް ދައްކައިގެން ޕީއެންސީން ގުރުބާން ކަންބަޅިއަކަށް އާހިރުގައި ހަދާނީ ސައީދެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕީއެންސީއަށް ދިނުމުން ޑޮލަރުގެ އަގު ތިރިކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ. އެކަންކުރަން އެނގޭކަމަށް ވެސް ބުނެ ކެނޑި ބައިސާ ދިޔައީ ތޮޅިއަށް ވެގެނެވެ. އެކަމަކު އެވާހަކައަކީ އޭނާ ދެއްކި ވާހަކައެއް ކަމަކަށް ނުވެއެވެ. އޭނާ ދެއްކި ވާހަކައިގެ މާނަ އެހެން މީހުން އޮޅުވާލީކަމަށް ބުނެ ރައްޔިތުންގެ ކުރިމަތީގައި އަމިއްލައަށް ވަނީ އިތުބާރު ނަގާލާފައެވެ. 

އަނެއްކޮޅުން ކުއްލިކުއްލިއަށް ޑޮލަރާއި ގުޅިގެން އެޅިހާ ފިޔަވަޅަކުންވެސް ވާހަކަ ފޫނުބެއްދި ޑޮލަރު ލިބުންވީ ދައްޗެވެ. ބީއެމްއެލުން ބަގާވާތް ކުރިކަމަށް ހަދައިގެން ޖެހި ސަކަރާތުންވެސް އިގްތިސޯދީ ވަޒީރާއި ސަރުކާރުގެ ގެއްލުނީ އިތުބާރެވެ.

ޑޮލަރެއްގެ އަގު -/23 ރުފިޔާއިން މައްޗަށް ގޮސް އަމްދުން ކަޅުބާޒާރުންވެސް ޑޮލަރު ގަންނަން ނުލިބި ސައީދުގެ އިތުބާރު ރައްޔިތުންނަށް ވަނީ ގެއްލިފައެވެ.ކުރީ ސަރުކާރުގެ ފަހު 3 އަހަރު ދޫކުރި ޑޮލަރަށްވުރެ %80 އިތުރަށް ޑޮލަރ ބޭންކް ރޭޓްގައި ރައްޔިތުންނަށް ދޫކުރިކަމަށް ބުނެވެސް ހެދީ ދޮގެވެ.

ތެދެކެވެ. މުއިއްޒު ސަރުކާރުގެ ފުރަތަމަ 3 އަހަރު ތެރޭގައި ކުރީ ސަރުކާރަށްވުރެ ތަންކޮޅެއް ގިނައިން ބޭންކް ރޭޓްގައި އާއްމުންނަށް ޑޮލަރު ލިބުނެވެ. އޮބި އަޅުވައިގެން ސަރުކާރަށް ހޯދި ޑޮލަރު އެތައް ގުނައެއް އިތުރުވިއަސް ރައްޔިތުންގެ ބޭނުންތަކާ ގާތަށްވެސް ބޭންކް ރޭޓްގައި ޑޮލަރެއް ނުލިބެއެވެ.

އެކަން އެނގެނީ ކުރީ ސަރުކާރުގެ ދުވަސްވަރު ކަޅު ބާޒާރުގައި 18 ރުފިޔާއަށްވުރެ މައްޗަކަށް ނުދެއެވެ. އެކަމަކު މުއިއްޒު ސަރުކާރަށް ބޯކޮށް ޑޮލަރު ވަންނަ އިރު ޑޮލަރެއްގެ 23 ރުފިޔާއަށްވުރެ އަގުދަށް ނުވާތާ ގަންނަންވެސް ނުލިބެއެވެ. 

އިހަވަންދިއްޕޮޅުގައި ދުނިޔޭގެ ސްކޭމަރުންގެ ބައެއްކަމުގައިވާ ވިޓޯލް ކުންފުނި މެދުވެރިކޮށް ފެށި ބަންކަރިން ހިދުމަތުންވެސް ސައީދުގެ ގޮފަޅުކަމާއި ތަންދޮތު ނޭނގޭވަރާއި އިތުބާރު ގެއްލުނުވަރު ފެންނަން އެބައޮތެވެ. އެސްޓީއޯ ވިޓޯލަށް ދަރަނިވެރި ކޮށްލުވައިގެން ފެށި ބަންކަރިންގ ހިދުމަތުން އަހަރަކު 400 މިލިޔަން ޑޮލަރު ސާފުފައިދާގެ ގޮތުގައި ސަރުކާރަށް ލިބޭނެކަމަށް ބުނެ ކެނޑި ފޮނި ބައިސާ އިންވެސް ގެއްލުނީ ސައީދުގެ އިތުބާރެވެ. 

ރާއްޖޭގެ އިގުތިސޯދަށް ލިބެމުން މިހާރު ދާ ހުރިހާ ގެއްލުމުގެ ޒިންމާ އުފުލަންޖެހޭނީ ސައީދަށެވެ. ސައީދުގެ ގަބު ގަޅި ގަމާރުކަމުން މަގާމުގައި ބައްދައިގެން ހުންނަ ހުރުމުން އާހިރުގައި އެހުރިހާ ޒިންމާއެއް މުއިއްޒު ކަނޑާލާނީ ސައީދު ބޮލަށެވެ. އެމްއެމްޕީއާއުސީ ހިޔާނާތުގެ ޒިންމާ އަދީބު އުފުލަންޖެހޭހެން މުއިއްޒު އެ ހިންގާހާ އިގުތިސޯދީ ޖަރީމާއެއްގެ ޒިންމާ އުފުލަންޖެހޭނީ ސައީދަށެވެ. ބާރަށް މަގާމުގައި ބަގުޑި ބައްދާށެވެ.  

]]>
Fri, 06 Nov 2026 14:43:16 +0500 މުއާޒު
100% އިސްލާމީ ދައުލަތުގެ ސިފަ ނުގެއްލެނީސް ހުއްޓުވަންޖެހޭ https://heerasnews.com/4724 https://heerasnews.com/4724 އެއްބަސްވުމެއްގައި ގާނޫނުއަސާސީއާއި ގާނޫނާއި ހިލާފު ހައްގުތަކާއި އިލްތިޒާމްތަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި ގާނޫނު އަސާސީއާއި ގާނޫނުތަކަށް ގެނެވޭ ކޮންމެ އިސްލާހަކީ ބާތިލު އިސްލާހެކެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވިދާޅުވާހެން އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު، އަދި އެ އެއްބަސްވުމުގެ ދަށުން ހައްގުތަކަކާއި އިލްތިޒާމުތަކެއް އުފެދިގެންދެއެވެ. އެގޮތުން ހައްގުތަކާއި އިލްތިޒާމުތައް އުފެދިގެން ދިއުމަށްފަހު، އެ އެއްބަސްވުމުގެ ދަށުން ތަންފީޒުކުރަން ބޭނުންވާ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު ކަންތައްތަކަކަށް ގާނޫނީ ބާރު ދިނުމަށްޓަކައި ފާސްކުރެވޭ ނުވަތަ އިސްލާހުކުރެވޭ ގާނޫނެއްގެ ދަށުން، ބުނެވުނު އެއްބަސްވުމުގެ މައުޒޫއާއި ގުޅިގެން އައު އެއްބަސްވުމެއް އެކުލަވާލި ނަމަވެސް، އެ އެއްބަސްވުމެއްވެސް ވާނީ އޭގެ ޒާތުގައި ބާތިލު އެއްޗަކަށެވެ. އަދި އިސްތިގުރާރުވެފައިވާ ގާނޫނީ އުސޫލުތަކާ ހިލާފު އެއްބަސްވުމަކަށެވެ.

ވުމާއެކު، ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް އީގަލްހިލްސް އާއެކު ސޮއިކުރުމަށް ތައްޔާރުވަމުންދާ އެއްބަސްވުމަކީ ކަމާއި ބެހޭ ކޯޓުން ގާނޫނުއަސާސީގެ 68 ވަނަ މާއްދާޔަށާއި އެނޫންވެސް ދުސްތޫރީ އަދި ގާނޫނީ އުސޫލުތަކަށް ރިއާޔަތްކޮށް ބާތިލުކުރަންޖެހޭނެ އެއްބަސްވުމެއް ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވެއެވެ.

އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ ޓާމްސް އެންޑް ކަންޑިޝަން އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" ޕްރެޖެކްޓްގައި ހިމެނޭ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފްކަންތައްތަކަށް ގާނޫނީ ސިފަ ގެނައުމައްޓަކާ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު އެވަނީ ހުށަހަޅާފައެވެ. 

ފައިސާއަށް ރަށްވެހިކަން ވިއްކުމަށް ހުޅުވާލެވޭ ދޮރުން ވަދެ ގައިރު މުސްލިމުން ރާއްޖޭގެ ރަށްވެހިންނަށް ވުމުން 900 އަހަރަށްވުރެ ގިނަދުވަހު ދަމަހައްޓަމުންއައި ސައްތައިން ސައްތަ މުސްލިމު ދިވެރާއްޖެ ވަންތަކަން ގެއްލިގެންދާނެއެވެ. މުސްލިމަކަށް ނޫނީ ދިވެހިރައްޔިތަކަށް ނުވޭވޭގޮތަށް ގާނޫނު އަސާސީގައި އޮންނަ އޮތުން ބަދަލުވެ ގައިރު ދީންތަކަށް ރާއްޖެ ހުޅުވޭނެއެވެ. 

ގައުމީ ދިފާއީ ބާރާއި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިކަން ހުއްޓުވަން ޖެހެއެވެ. އިސްލާމް ދީނާއި ސިޔާދަތު ހިމާޔަތްކުރަން ހުވާކޮށްގެންތިބި މީހުން މިފުރުސަތު ގެއްލުވާލައިފިނަމަ ދިވެހިރާއްޖެ ދިވެހިންނަކަށް ނުލިބޭނެއެވެ.

ވަގުތުގެ ޖަޒްބާތުގައި އީގަލް ހީލްސް ޑީލް ހަލާލުކޮށްދޭން އުޅޭ މީހުން ފަހުން ކަރުނައަޅާ ރޯނެއެވެ. އަމިއްލަ ނަފްސަށް މަލާމާތް ކުރާނެއެވެ. އަދި ލަހެއް ނުވެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އީގަލް ހިލްސާއެކު ހިންގަން އުޅޭ ޖަރީމާ ހުއްޓުވާށެވެ.  

]]>
Thu, 05 Nov 2026 18:37:11 +0500 މުއާޒު
ރަށްވެހިކަމާއި ޕްރަޕަޓީ ގަނެގެން ޖަލަކަށް މަހުޖަނަކު ނުވަންނާނެ https://heerasnews.com/4721 https://heerasnews.com/4721 ބޭރު މީހުން ވަޒަންވެރިކުރުވަން ތަރައްގީކުރާ ޓައުންޝިޕްތަކުގައި ވަޒަންވެރިވާ މީހުންގެ ބޭނުންތަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރަންޖެހޭނެއެވެ. ދިރިއުޅޭ މީހުންނަށް ސުކޫލާއި، ހޮސްޕިޓާ ވެސް ހުންނާނެއެވެ. އިސްލާމް ދީން ނޫން ދީންތަކުގެ މީހުން ވަޒަންވެރި ކުރުވަންޏާ އެ މީހުން އަޅުކަން ކުރާނެ ތަންތަން ވެސް ނުހުރެއެއް ނުދާނެއެވެ. ވަޒަންވެރިވާ މީހުންނަކީ ރަލާއި އޫރުމަސް ބޭނުންކުރާ ބަޔަކަށް ވަންޏާ އެތަކެތިވެސް ދަތިކަމެއްނެތި ލިބެން ހުންނާނެއެވެ. ބިރަކާނުލާ މަޖާކުރާ މީހުނަށް ނައީޓް ކްލަބްތަކާއި ކެސިނޯތައް ނުބަހައްޓައެއްވެސް ފަރަކު ނުޖެހޭނެއެވެ. 

ފައިސާއަށް ރަށްވެހިކަން ވިއްކާ ޓައުންޝިޕްތަކުން ޕްރަޕަޓީ ގަންނަން އަންނާނީ ހަމައެކަނި މުސްލިމު މަހުޖަނުންނެއް ނޫނެވެ. އެހެން ދީންތަކުގެ ބޮޑެތި ބޮޑެތި މަހުޖަނުންނަށް ވެސް ޓައުންޝިޕްތަކުން ޕްރަޕަޓީ ނުވިއްކާ ފަރަކު ނުޖެހޭނެއެވެ. ކޮންމެ ދީނެއްގެ މީހެއް ނަމަވެސް ރަނގަޅު އަގު ހިފައިގެން އަންނަ މަހުޖަނުންނަށް ޕްރަޕަޓީ ނުވިއްކާ އަގުބޮޑުކޮށް ތަރައްގީކުރާ ޓައުންޝިޕްތަކުގެ ބޭނުމެއް ނުއޮންނާނެއެވެ.

އެހެން އެކަން އޮތް އިރު ޒާތީ އުފާތަކާއި ކަށީގައި ހިފާފައި ހުންނަ ރާބުއިން ފަދަ އާދަތައް ދޫކޮށްލައިގެން މަނާ ކަންތައްތަކުގެ ޖަލެއްގައި ބަންދުވެގެން އުޅެން ބޮޑު ހޭދަކޮށްގެން މަހުޖަނުން ރަސްމާލެއާއި އައިލާ ޓައުންޝީޕް ރެސިޑެންސީން ޕްރޮޕަޓީ ގަންނަންޖެހޭނެ ސަބަބެއް ނެތެވެ. ފަށްފަށް ވާގޮތަށް 99 އަހަރަށް ދޫކޮށްލާ ތަންތަނުގައި ހުނގާނެ ކަންކަމާއި ނުހިނގާނެ ކަންކަމުގެ ކަށަވަރުކަން ފަސް އަހަރަށް ވެރިކަމުގައި ހުންނަ މީހަކަށް ދެވޭނެ ގޮތަކީ ނެތް ގޮތެކެވެ. 

ރަސްމާލޭ ޓައުންޝީޕް ރެސިޑެންސީންނާއި ނ. އަތޮޅު ދިގުފަރުގައި ތަރައްގީކުރާ ޓައުންޝިޕް ރެސިޑެންސީގައި ފައްޅިއެއް ޗާޗެއް ނުހުންނާނެކަމަށް ރައީސް މުއިއްޒު އެބަ ބުނެއެވެ. ރަލެއް އޫރުމަހެއް ނުލިބޭނެކަމަށާއި ކެސިނޯއެއް ނައިޓް ކްލަބެއް ނުހުންނާނެ ކަމަށްވެސް ރައީސް އެބަބުނެއެވެ. ކިތަންމެ ވަރަކަށް ކިތަންމެ ބާރަށް ރައީސް މުއިއްޒު އެހެން ބުންޏަސް އެކަން އެހެނެއް ނުވާނެއެވެ. ރެސިޑެންސީ ގަންނަ މީހުން ބޭނުންނުވާ ޓާމްސް އެންޑް ކަންޑިޝަނެއްގައި އެއްވެސް މަހުޖަނަކު އެއިންތަނަކުން ޕްރަޕަޓީއެއް ނުގަންނާނެއެވެ.

ހެންލީ އެންޑް ޕާޓްނަރސް ފަދަ މާކެޓިން ކުންފުނިތަކުން މާކެޓް ކުރާތަންތަން ގަންނާނީ އެ ކުންފުނިތަކުން ހޯދާދޭ މަހުޖަނުންނެވެ. އިޒްރޭލުގައި މާކެޓިން ދެ އޮފީސް ހުޅުވައިގެން އުޅޭ ހެންލީ އެންޑް ޕާޓްނަރސް މެދުވެރިވެގެން ޒަޔޮނިސްޓް މަހުޖަނުން ވެސް ރާއްޖޭން ޕްރަޕަޓީ ގަންނަން ނާހެއް ނުދާނެއެވެ. ރަސްމާލެއަށް ވެސް، އަދި އާއިލާ ޕޮރޮޖެކުޓަށްވެސް ދިރިއުޅެން މީހުން ހޯދަން ހަވާލް ކޮއްފައިވަނީ ހެންލީ އެންޑް ޕާޓްނާސް ކިޔާ ކުންފުންޏާއެވެ.

]]>
Thu, 05 Nov 2026 11:45:46 +0500 މުއާޒު
މުއިއްޒުވެސް ސައީދަށް އިތުބާރެއް ނުކުރޭ: ޝަމްހީދު https://heerasnews.com/4717 https://heerasnews.com/4717 އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދަށް ރައީސް މުހައްމަދު މުއިއްޒު ވެސް މިހާރު އިތުބާރު ނުކުރާކަމަށް ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ސައީދުގެ މައްޗަށް އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލާގައި ވާހަކަ ދައްކަވަމުން ހުޅުނާލޭ ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރ ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން އެންމެ ބާރަށް ކުރިއަށް ގެންދާ  ރަސްމާލެ ޕްރޮޖެކްޓުގައި ސައީދުގެ ދައުރެއް ނެތީ އެހެންވެންނެވެ. 

މިނިސްޓަރ ސައީދުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލިފައިވާ މައިގަނޑު ސަބަބުތައް ވެސް ޑރ.ޝަމްހީދުވަނީ ވިދާޅުވެ ދެއްވާފައެވެ. މުއިއްޒުގެ ސަރުކާރުން ސައީދު އިގްތިސޯދީ މިނިސްޓަރކަމުގައި އިއުލާނުކޮށްފައި ހުރި ބައެއް ޕްރޮޖެކްޓްތަކަށް ޑރ. ޝަމްހީދު އަލިއަޅުއްވާ ލެއްވިއެވެ.

8.8 ބިލިއަން ޑޮލަރުގެ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ ނަމުގައި ފޭކް ޕްރިންސާއެކު ހިންގަން އުޅުނު ބިޔަ ސްކޭމްގެ ވާހަކަ ޑރ. ޝަމްހީދު ހަދާން ކޮށްދެއްވިއެވެ. މާލޭކައިރީގައި އޮތް ތެޔޮ ފުނަދޫން ތެޔޮ ސްޓޯރޭޖްތައް އެހެންތާކަށް ބަދަލުކޮށް ގާއިމުކުރާނެކަމަށް އިއުލާނުކުރި ފުނަދޫ އިންޓަނޭޝަނަލް ފައިނޭންޝަލް ހަބުގެ ހުވަފެން ހަގީގަތަކަށް ނުހެދުނުކަން ފާހަގަ ކުރެއްވިއެވެ.

މާލެ ސަރަހައްދުގެ ދަތުރު ފަތުރު ފަސޭހަކޮށް ތަރައްގީގެ އެހެން ހަރުފަތަކަށް ގެންދިޔުމަށް ގާއިމުކުރާނެ ކަމަށްބުނި ފޮނަދޫ-މާލެ-ހުޅުމާލެ މޮނޮރެއިލް ސިސްޓަމާއި  ފޮނަދޫ-މާލެ-ހުޅުމާލެ ބްރިޖު ކަނެކްޝަން، ހިޔާލީ ފޮލާއަކަށް ވެގެން ގޮސްފައިވާކަން ހަދާންކޮށް ދެއްވިއެވެ.

ހުޅުލޭ ސީޕްލޭން ޓާމިނަލް ރީލޮކޭޝަނާއި ފޮނަދޫ އެސްޓީއޯ ފިއުލްފާމް ރިލޮކޭޓް ކުރުން ކޮބައިތޯ އެއްސެވިއެވެ. 

ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް ނުފެށި ނޭވާ ހޮޅިއަށްއެޅި ވެންޓިލޭޓަރަށް ލާންޖެހުނުކަން ހަނދާން ކޮށްދެއްވިއެވެ. އިހަވަންދޫ އިކޮނޮމިކް ގޭޓްވޭ ފޭލިވެ އިހަވަންދިއްްޕޮޅު އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓު އިނދަޖެހިފާ އޮތް އޮތުން ޑރ. ޝަމްހީދު ފާހަގަ ކުރެއްވިއެވެ. 

ނާރާނެކަމަށް ބުނި ޑޮލަރުގެ ހާލަތާއިމެދު މަޖިލީހުގައި މެންބަރުން ކަންބޮޑުވުން ފާޅުކޮށް މިނިސްޓަރ ސައީދުގެ އިތުބާރު ގެއްލިފައިވާކަން ތަކުރާރުކޮށް ފާޅުކުރިއެވެ.

]]>
Wed, 04 Nov 2026 15:49:54 +0500 މުއާޒު
މުއިއްޒުގެ ދީނީ ވެރިކަން | ސަދޫމު ޝަރީއަތުގައި ވެސް ދެހަސްމުން ތިބޭ https://heerasnews.com/4716 https://heerasnews.com/4716 މުއިއްޒުގެ ނިއްކުރީގައި ހުންނަ ކުރަގަނޑަކީ ސަރުކާރަކީ ދީނީ ސަރުކާރެއް ގޮތުގައި ބަލައިގަނެގެން ލާދީނީއޭ ނުކީމާ ނިމުނީއެވެ. ކުރިން ވެސް ހިނގި ލާދީނީ ހުރިހާކަމެއް ހަމަ އެގޮތަށް ނުވަތަ އެއަށްވުރެ މާބޮޑަށް މިހާރުވެސް ރާއްޖޭގައި އެބަ ހިނގައެވެ. ހިންގައެވެ. 

ރޭވި ތަރުތީބުވެގެން ފުޅާދާއިރާއެއްގައި ސަރުކާރުގައި ހިންގާ ހިޔާނާތާއި ވައްކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. ރިޝްވަތާއި ނުފޫޒު ފޯރުވައިގެން ކުރުވާ ޝަރުއީ ހުކުމްތަކުގެ ވާހަކަ ވެސް ދައްކާނެ ކަމެއް ނެތްތާއެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ހިތުހުރި ގޮތަކަށް ގާނޫނު އަސާސީއާއި ގާނޫނުތައް ބަދަލުކޮށްލާ ކޮށްލުމުގެ ވާހަކައަކީ އައުވާހަކައެއް ނޫންތާއެވެ. 

ގާނޫނު ހިނގަނީ އާއްމު ރައްޔިތުންނާއި ވާދަވެރިންގެ މައްޗަށެވެ. ރައީސާއި ރައީސްގެ މަސްލަހަތު އޮތް އެއްވެސް މީހަކަށް ތަނަކަށް އެއްޗަކަށް ގާނޫނެއް ނުހިނގައެވެ. ރައީސް މެންބަރުންނަށް ދޭ ރިޝްވަތަކީ ކޮރަޕްޝަނަކަށް ނުވެއެވެ. 

ޅަނދޮޅު ޅަނބާޅަ އެކަނިވެރި މަޔަކާ ހިތާވެގެން ނުއެކަށޭނަ ސިޔާސީ މަގާމް ދީގެން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރަމުން ދަންވަރަށް ގުޅަމުން މުސާރައިގެ އިތުރަށް މަހުން މަހަށް ބޮޑެތި އަދަދުތަކުން ފައިސާދެމުން ރިޔާސީ ދަރުބާރުގެ ސޯފާއަށް ތިރިކުރިޔަސް އެއްޔަކީ ކުށެއް ނޫނެވެ. އަދަބު ލިބުނީ ދަންވަރަށް ގުޅަނީ ކިއްވެހޭ އަހާ ނޫސްވެރިޔާއަށެވެ. ތަހުގީގައި ޝަރީއަތް ކުރަނީ މައްސަލަ ރައްދުވާ ދެފަރާތުންކުރެ އެއްފަރާތް ހާޒިރު ނުކުރާތާއި ހޭވެސް އަހާލުމެއް އެފަރާތުގެ ބަހެއް ނެތިއެވެ. ސަދޫމުގައިވެސް ކުރާ ޝަރީއަތުގައި ދެހަސްމުން ތިބެއެވެ. 

އިސްލާމީ ޝަރީއަތުގެ ނަމުގައި ހިންގާ ޝަރީއަތުން ރިބާ ނަގާދޭ ދައުލަތެކެވެ. ޝަރީއަތުން ކުރާ ހުކުމަށް އިންޓްރަސްޓް އަރާގޮތަށް ދަރިމައިވާ ހުކުންކުރާ ޝަރުއީ ނިޒާމެއް އޮތް އިސްލާމީ ދައުލަތެއް ރާއްޖެ ނޫނީ ދުނިޔޭގެ ތާރީހު ނުދެކެއެވެ.

ބޯކޮށް ޑޮލަރު ލިބޭތީ އެއްޖިންސުން ކައިވެނި ކޮށްދީ ހެދިޔަސް އެކަން ހުއްޓުވާނެ ވެރިއަކު ނެތެވެ. ގާނޫނެއް ޕޮލިހެއް ނެތެވެ. ވާނީވެސް އެހެން ތާއެވެ. އެލްޖީބީޓީކިޔު އަސާސީ ހައްގެއްގެ ގޮތުގައި ބަލައިގަނެ ކުރިއަރުވާ ސަމޯއާ އެގްރިމަންޓްގައި މުއިއްޒުގެ ދީނީ ސަރުކާރުން ސޮއިކޮށް ސަމޯއާ އެގްރިމަންތްވަނީ އިސްލާން ކޮށްފައެވެ. 

ރިސޯޓެއްގައި އެއް ޖިންސުން ކައިވެނި ކޮށްދޭ އިރު އެކަން ހުއްޓުވޭ ސަރުކާރެއް ނެތެވެ. އެކަމުން އެކަނިވެސް ނޫނު އަތޮޅުގައި ހިންގަން ފަށާފައިވާ ރެސިޑެންސީ ޓައުންޝިޕް ޕްރޮގްރާމާއި ރަސްމާލެ އަލައްބާރު ސިޓީ ރެސިޑެންސް ޕްރޮގްރާމް ލާފުރާ ފުރިހަމަވުމުން އެތަންތަނުގައި ރާއްޖޭގެ ގާނޫނު ނުހިނގާނެކަން ޔަގީން ވެއެވެ.

]]>
Wed, 04 Nov 2026 14:34:42 +0500 މުއާޒު
ވާދަވެރިން ނައްތާލުމުގެ ސިލްސިލާ | ޝާހިދު ފްރޭމްކުރުން https://heerasnews.com/4715 https://heerasnews.com/4715 ސިޔާސީ ބޭނުމަށް މީހަކު ފްރޭމްކޮށް ހައްޔަރުކުރުމަކީ އިންސާފެއް ނޫނެވެ. ގައުމީ  ހިދުމަތުގައި ޒިންމާދާރު އެތައް މަގާމެއް މުޅި އުމުރުގައި އަދާކުރައްވާފައި ބޭފުޅަކު މީހަކުކޮށްލާ  ރިޕޯޓަކަށް ހިފާ ހައްޔަރުކުރުމަކީ ސިޔާސީ ފްރޭމް ކުރުމެއް ނޫންކަމެއް ނޫނެވެ. 

އެއްބަހެވެ. އެއްވެސް މީހަކީ ކުށުން ބަރީއަވެފައިވާ ހުސްތޯހިރު މީހެއްނޫނެވެ. އެކަމަކު މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވަނީސް އެ މީހަކީ ކުއްވެރިއަކަށް ނުވާ މައުސޫމު މީހެއްކަމަށް ގާނޫނު އަސާސީ ބުނެެއެވެ. 

ހުތުރު ތުހުމަތެއްގައި މީހަކު ހިފާ ހައްޔަރުކޮށް ކުށް ސާބިތު ނުވެގެން މީހުން ދޫކޮށްލަންޖެހިފައި ހުރީވެސް މަދެއް ސުމާރެއްކޮށް ނޫނެވެ. ކުށް ސާބިތު ނުވެގެން ދޫކޮށްލާއިރު އެ މީހެއްގެ އިއްޒަތުއްނަފްސް އޮންނަނީ އިޔާދަ ނުކުރެވޭ ވަރަށް ހަރާބުވެ ވެއްޔާ މޮޑެވިފައެވެ.

ހާއްސަކޮށް ގައުމީ އަގުހުރި ހިދުމަތްތެރިންނާއި ސިޔާސީ މީހުންނާއި އެހެނިހެން ޕަބްލިކް ފިގަރސްއަށް އަނބުރާ މުޖުތަމައަށް ނިކުމެ ނޫޅެވޭ ވަރަށް އަބުރު އޮންނަނީ ކަތިވެފައެވެ. ބައެއްގެ މަކަރާ ހީލަތުން ދިރިހުއްޓަސް ކިތަންމެ ބަޔަކު މިހާރުވެސް މަރާލާފައި އެބަތިއްބެވެ.

ރާއްޖޭގައި 18 އަހަރު ނުފުރޭ އެތައް ކުދިންނެއް ކުށުގެ ވެށީގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރި ވާކަމީ ވެސް ބަދަލު ނުކުރެވޭނެ ހަގީގަތެކެވެ. މީހަކު ފުރޭމް ކުރުމަށްޓަކާ މުޖުރިމުން ފައިސާ ދީގެން ކުޑަކުދިން ބޭނުން ކުރުންވެސް ވަނީ އާއްމުވެފައެވެ.

މީހެއްގެ ހަޔާތުގައި އުޅުމާއި ގުޅުންތައް ބަހައްޓާ ގޮތަކީ މީހަކު ކުށަކަށް އަރައިގަތުމުގެ ނިޔަތް އޮތްކަން ދެނެގަތުމަށް ބެލޭ ކަމެކެވެ. އެގޮތުން އޮނަރަބަލް ޝާހިދުގެ ހަޔާތްޕުޅުގައި ޖިންސީ ގޯނައެއް ފުރައްސާރައެއް ކުރެއްވިކަން ރެކޯޑްކުރެވިފައެއް ނުވެއެވެ. އެފާޑުގެ ރެކޯޑެއް އޮތްނަމަ ގަބޫލުކުރަން ފަސޭހަވީހެވެ.

އޮނަރަބަލް ޝާހިދަކީ އާރާއި ބާރާއި ފައިސާގެ ގޮތުން ބޭނުންފުޅުކަމެއް ކުރެއްވޭވަރުގެ މަދު ދިވެހިންކުރެ އެކެކެވެ. އެވަރުގެ ބޭފުޅަކު ހިފި ނުހުރެގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކުރާ ވަރަށް ބުއްދިފިލާ ވަރުގެ ބޭފުޅަކަށް ވެދާނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ. 

އޮނަރަބަލް ޝާހިދަކީ އެތައް ޒަމާނެއް ވަންދެން ވަޒިރުކަމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމާއި މަޖިލީހުގެ ރައީސްކަން ކުރައްވާ އދގެ ޖެނެރަލް އެސެމްބްލިގެ ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަނެއްކޮޅުން ގައުމުންދެވޭ އެންމެ މަތީ އިއްޒަތުގެ ދަރަޖައެއް ވެސް ލިބި ވަޑައިގެންފައިވާ ބޭފުޅެކެވެ. ޝާހިދަކީ އެވަރުގެ "ސިކް" ބޭފުޅެއްނަމަ އެހުރިހާ ކަންކަމެއް އެހާ ގިނަދުވަހު އަބުރުވެރިކާމާއެކު ނުކުރެއްވުނީހެވެ. 

ގައުމީ ހިދުމަތުގެ ދިގު ތާރިހުގައި ދަށްފެންވަރުގެ އަމަލެއް ހިންގެވިކަން ޔޯލަކޮށްލާފައިވެސް ބުނާތީ އަޑު އިވުނު ބޭފުޅެއް ނޫނެވެ. އަނެއްކޮޅުން ޝާހިދު އެ ގެންދަވަނީ އެމްޑީޕީީ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކެންޕޭނު ކުރައްވަމުންނެވެ. އެވަރުގެ މަޅިއެއްގައި ބެނދެވިފައި ހުންނެވިނަމަ ރައްޔިތުންގެ ތާއީދު ލިބިގެން އާދެވޭ މަގާމަކަށް ވާދަކުރައްވާކަށް ވެސް ކެރިވަޑައި ނުގަތީހެވެ. 

ޝާހިދަށް ކޮށްގެން އުޅޭ ތުހުމަތާއި ތުހުމަތު ކުރެވުނު ދަނޑިވަޅާއި ހައްޔަރު ކުރުމުގައި އަވަސް އަރުވާލި ވަރުން ޝާހިދުގެ މައްޗަށް ކުރެވިގެން އުޅެނީ ސިޔާސީ ގޮތުން ފްރޭމެއްކަމަށް ބެލެވެއެވެ. ކުރެވުނު ފުރޭމާއެކު ރިޔާސީ ރޭހަށް ނުނިކުންނެވޭ ވަރަށް އަބުރު ކަތިލާލީއެވެ. ސާބިތުވިޔަސް ނުވިޔަސް ސިޔާސީގޮތުން ޝާހިދުގެ ތަރި އޮއްސުވާލީއެވެ.

ގާނޫނު ތަންފީޒުކުރާ ބާރުތަކުން ފަހަކަށް އައިސް އަމަލުކުރާގޮތުން ޝާހިދު ކުރެވިގެން އުޅެނީ ސިޔާސީ ފުރޭމެއްކަމަށް މާބޮޑަށް ވެސް ގަބޫލު ކުރެވެނީއެވެ.

ރައީސް މުއިއްޒުގެ މައްޗަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލަ ދިޔަގޮތުން އެކަނިވެސް ޝާހިދު ހައްޔަރުކުރި ކުރުމަކީ ސިޔާސީ ވާދަވެރިން ނައްތާލުމަށް ހިންގާ ފުރޭމްކޮށް އަބުރުކަތިލުމުގެ ބައެއްކަމަށް ވުންގާތެވެ.

]]>
Tue, 03 Nov 2026 16:00:00 +0500 މުއާޒު
ނޮވެމްބަރ 3ގެ ޝައުގުވެރި ގްރައުންޑް ރިއަލިޓީ https://heerasnews.com/4714 https://heerasnews.com/4714

ނޮވެމްބަރ 1978 ގައި ފުރަތަމަ ހުވާ ކުރިރޭ އައި ފުރަތަމަ ނޮވެމްބަރ 3 ގައި އެންމެ ވަޒަނެއް ގޮއްވާ ނުލާ ނިމުނަސް 10 އަހަރު ފަހުން ގެނައި އަސްލު ނޮވެމްބަރ 3 ވެގެން ދިޔައީ 19 ދިވެހިން ޝަހީދުކޮށް، ގައުމަށް ގެއްލުން ބޮޑު ނަމަވެސް ކާމިނީ އާއިލާއިން އުމުރަށް ވެރިކަން ކުރުމަށް ކުރި އުންމީދުގައި ދަމާލި ވަރުގަދަ ބިންގަލަކަށެވެ. 88 ނޮވެމްބަރ 3 އަކީ އިލްޔާސް އިބްރާހިމްގެ މައްޗަށް ކާމިނީގެއިން ގަދަވެ ގަތްކަން އިލްޔާސްއަށް އަންގައި ދިނުމުގެ ފުރަތަމަ މަރުޙަލާއެވެ.

ރޭވުން ހުރި ވަރު ހާމަވާ ކަމަކީ، މާލޭ ފަސްމަތީ ފައިޖެހުނު އިރު ލުތުފީގެ ކޮންޓްރޯލް ގެއްލިއްޖެއެވެ. ލުތުފީ އެ ހުރީ ގަދަވެ ހެޔޮ ހާލުގައެވެ. މިއީ ދޮގެކޭ ބުނި ނަމަ އެއީ ވީގޮތް ކަމަށް ބުނެ ކުރިން އޭނާ ބައެއް މީހުންގާތު ހެދީ ދޮގެވެ.

ފުރަތަމައިނުން ވެސް ކޮމާންޑަރު ވަސަންތީ އަވަސްވެ ގަތީ ގާޒީ ބިލްޑިންގ ކުރިމަތީ ހުރި ފުލުސް އޮފީހާ ޑިފެންސް އިމާރާތުގެ ތެރޭން ލާފައި  އެތެރެވާން ކަމަށް ބެލެވެއެވެ. އެކަމަކު އޭނާއަށް ނޭނގޭ އެހެން ރޭވުމެއް އޭނާގެ ފަހަތުގައި ހުއްޓަތީވެ ސިފައިންގެއަށް ވަނަ ނުދީ ކޮމާންޑަރު ވަސަންތީ އޮތީ މޫނު ވަތަށް ފާރުބުޑަށް މަރާ ވައްޓާލާފައެވެ. 

އެއާ ދާދި ގާތުގައި ރައީސް އޮފީހާ ގާޒީ ބިލްޑިންގ ދެމެދު ގޯޅިއަށް ބަޑިޖަހާ މަރާ ވައްޓާލާފައި އޮތް ތަމަޅަ ހަނގުރާމަ ވެރިޔަކީ ވަސަންތީ މަރާލި މީހާތޯ ސުވާލު އުފެއްދި ދާނެއެވެ.  

ކޮންމެ ގޮތެއް ވިޔަސް 3 ފަށަލައިގެ ބޮޑު ރޭވުމަކުން ހިނގާފައިވާ ކަމަށް ބެލެވޭ 1988 ނޮވެމްބަރ 3 ގެ ގްރައުންޑް ރިއަލިޓީ އިން ފެންނަ ޝައުގުވެރި ކަންކަން ގިނައެވެ.

ފުރަތަމަ ކަމަކަށް ކުރިން ވެސް ބުނި ފަދައިން އެ ބޮޑު އޯކިޑް މަގުގައި ހާމައަށް ހުރި ތީމުގެއާ މާބޮޑު އަޅާލުމެއް ނެތި ހަނގުރާމަވެރިން އެންމެ ފުރަތަމަ ވެސް މިސްރާބު ޖަހާ އެ ދިޔަ ގޮތަށް ގޮސް ވަދެގަތީ މާދުރުގައި ހުރި އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ މއ. ކިނބިގަސްދޮށުގެއަށެވެ. އެގޭ ތެރޭގައި ކުޑަނެވި ތުއްތު މަނިކު ޝަހީދު ކޮށްލީ އިލްޔާހާ ހަމައަށް ދިއުމަށް ހުރި ހުރަހަކަށް އޭނާ ވީމައެވެ. އެއާ ހިލާފަށް ތީމުގޭގައި އުޅުނު މެހި ކުރަފި ހޯނަށް ވެސް ވީކަމެއް ނެތެވެ.

]]>
Tue, 03 Nov 2026 13:56:15 +0500 މުއާޒު
8 އަހަރުގެ ކުއްޖަކު ކުރި އަނިޔާއިން ޔޫކޭޖީ ކުއްޖެއްގެ ފުރާނައަށް ނުރައްކާވެއްޖެ https://heerasnews.com/4708 https://heerasnews.com/4708  ޕަންޗްކުލާގެ ސެކްޓަރ 20 ގައި ހުންނަ ސަރުކާރު ސްކޫލެއްގެ ތެރޭގައި، ގްރޭޑް 3 ގައި ކިޔަވާ އުމުރުން އަށް އަހަރުގެ ފިރިހެން ކުއްޖަކު، ކިންޑަރގާޓަންގައި ކިޔަވާ ހަ އަހަރުގެ އަންހެން ކުއްޖަކަށް ވަރަށް އަނިޔާވެރިކޮށް ހަމަލާދިނުމާ ގުޅިގެން، އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ފަރުވާދޭން ފަށައިފިއެވެ.

އޮކްޓޯބަރު 28 ގައި ހިނގި މި ބިރުވެރި ހާދިސާއާ ގުޅިގެން މުޅި ސަރަޙައްދަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، ސްކޫލް މާހައުލުގެ ރައްކާތެރިކަމުގެ އުސޫލުތަކަށާއި ދަރިވަރުން ބެލެހެއްޓުމުގައި އަޅާފައިވާ ފިޔަވަޅުތަކާމެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ފުލުހުންގެ އޮފިޝަލުންނާއި ސްކޫލުގެ ސީސީޓީވީ ފުޓޭޖުން އެނގޭ ގޮތުގައި، އެ ފިރިހެން ކުއްޖާ ވަނީ ސްކޫލް ގަޑީގައި އެ ކުޑަ އަންހެން ކުއްޖާ ހައްލައިގެން ހުސް ކްލާސްރޫމަކަށް ވައްދާފައެވެ. ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެ ކުއްޖާގެ އިސްތަށިގަނޑުގައި ހިފައި ދަމައި، ކްލާސްރޫމުގެ ޑެސްކެއްގައި އެތައް ފަހަރަކު ބޯ ޖައްސައި، އެޅިގަލުންނާެއި މާވަށިގަނޑު ފަދަ ބަރު ތަކެތިން އެ ކުއްޖާއަށް ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ހަމަލާދީފައެވެ.

އަނިޔާ ލިބުނު ކުއްޖާ، ލެއިން ތަތްތެޅި ހޭނެތިފައި އޮއްވާ ފެނުނީ ސްކޫލުގެ މުވައްޒަފުންނަށެވެ. މޫނުމައްޗަށާއި ނޭފަތުގެ ކަށިގަނޑަށް ލިބިފައިވާ ބޮޑެތި ޒަޚަމްތަކާއި ފަޅައިގެން ގޮސްފައިވާ މިންވަރުގެ ސަބަބުން، އެ ކުއްޖާ ވަގުތުން ކައިރީގައި ހުރި ސިއްޙީ މަރުކަޒަކަށް ގެންދިޔުމަށްފަހު، ކުއްލި އަވަސް ފަރުވާއަށް ޗަންދީގަޅުގެ ޕޯސްޓްގްރެޖުއޭޓް އިންސްޓިޓިއުޓް އޮފް މެޑިކަލް އެޑިޔުކޭޝަން އެންޑް ރިސާޗް (ޕީ.ޖީ.އައި.އެމް.އީ.އާރު) އަށް ވަނީ ބަދަލުކޮށްފައެވެ. ޑޮކްޓަރުންގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ ކުއްޖާ މިހާރު ހޭއަރާފައި އޮތް ނަމަވެސް، ޙާލަތު އަދިވެސް ސީރިއަސް ކަމުން އޮތީ ވަރަށް ގާތުން ބަލަންޖެހޭ ފައްތަރެއްގައެވެ.

އަނިޔާ ލިބުނު ކުއްޖާގެ އާއިލާއިން ރަސްމީކޮށް ހުށަހެޅި ޝަކުވާއަކާ ގުޅިގެން، ޕަންޗްކުލާ ޕޮލިހުން ވަނީ ބާރަތިޔާ ނިޔާޔާ ސަންހިތާ (ބީ.އެން.އެސް) އާއި ޖުވެނައިލް ޖަސްޓިސް (ކެއަރ އެންޑް ޕްރޮޓެކްޝަން އޮފް ޗިލްޑްރަން) އެކްޓްގެ ކަމާބެހޭ މާއްދާތަކުގެ ދަށުން ފަސްޓް އިންފޮމޭޝަން ރިޕޯޓެއް (އެފް.އައި.އާރު) ރަޖިސްޓްރީ ކޮށްފައެވެ.

ތަހުގީގު ޓީމުން މައިގަނޑު ގޮތެއްގައި ބަލަމުންދަނީ އިދާރީ އިހުމާލުތަކަށެވެ. އެގޮތުން، ޓީޗަރުންނާއި ސެކިއުރިޓީންގެ އެއްވެސް ސަމާލުކަމެއް ނެތި، ސްކޫލް ގަޑީގައި ކްލާސްރޫމެއްގެ ތެރޭގައި މިފަދަ އަނިޔާވެރި ހަމަލާއެއް ދެވުނީ ކީއްވެގެންތޯ ދަނީ ސުވާލު އުފައްދަމުންނެވެ.

ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ ކުއްޖާއަކީ އަށް އަހަރުގެ ކުއްޖަކަށް ވާތީ، ގާނޫނީ ހުރިހާ އިޖުރާއާތުތަކެއް ކުރިއަށްދާނީ ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފުލުހުން ކަށަވަރު ކޮށްދީފައިވެއެވެ. މީގެ ތެރޭގައި އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ލާޒިމުކުރާ ނަފްސާނީ އަދި ސިއްޙީ ފުރިހަމަ އެސެސްމަންޓްތައް ހެދުންވެސް ހިމެނެއެވެ.

އާންމުންގެ މެދުގައި އުފެދިފައިވާ ނުރުހުމާއި ކަންބޮޑުވުންތަކާ ގުޅިގެން، މި ހަމަލާ ހިނގަން މެދުވެރިވި އިދާރީ އިހުމާލުތައް ފުރިހަމައަށް ތަހުގީގު ކުރުމަށްޓަކައި ހަރިޔާނާ ސްޓޭޓް ސަރުކާރުން ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލިކަން އިއުލާނުކޮށްފައެވެ.

މީގެ އިތުރުން، ހަރިޔާނާގެ ހުރިހާ ސްކޫލްތަކެއްގެ ރައްކާތެރިކަން ވަޒަންކުރުމަށް ފުރިހަމަ ސޭފްޓީ އޮޑިޓެއް ހެދުމަށް ސްޓޭޓްގެ އޮފިޝަލުން އަމުރުކުރައްވާފައިވާއިރު، އަނިޔާ ލިބުނު ކުއްޖާގެ ބޭސްފަރުވާގެ ހުރިހާ ހަރަދެއް ސްޓޭޓް ސަރުކާރުން ބަލަހައްޓާނެ ކަމަށްވެސް ވަނީ އިއުލާނުކޮށްފައެވެ.

]]>
Sun, 01 Nov 2026 18:32:12 +0500 މުއާޒު
ނަޝީދަށް: ބޭރުމީހުނަށް ނަފްރަތު ނުކުރިޔަސް އަލައްބާރު އޯކޭއެއްނޫން https://heerasnews.com/4706 https://heerasnews.com/4706 ދެރަކަމުގެ ކޮޅެއް ނެތެވެ. މުޅި އެމްޑީޕީގެ މައިގަނޑު ވިސްނުމާއި ރައީސް ނަޝީދުގެ ހިޔާޅު ތަފާތުވުމަކީ ރައީސް ނަޝީދުގެ ވިސްނުމާއެއްގޮތަށް މުޅި ޕާޓީގެ ވިސްނުން ބަދަލުކުރަން ޖެހޭކަމެއް ނޫނެވެ. އެމްޑީޕީ އުފެދުނީ ނަޝީދު އެ ވިދާޅުވާ ފަދަ ގައުމު ވިއްކާ ފިކުރެއްގައެއް ނޫނެވެ. ބައިބައިވުމާއި ބިރުވެރިކަން އުފައްދާކަށް ވެސް ނޫނެވެ. ޑިމޮކްރެޓިކް ހުޅުވާލެވިފައިވާ ސިޔާސަތުތަކާ ދެކޮޅަކަށްވެސް ނޫނެވެ. ބޭރު މީހުންނަށް ނަފްރަތުކުރުމާއި ދެކޮޅުވެރި ކަމަކީވެސް އެއްވެސް އިރަކު އެމްޑީޕީގެ ފިކުރެއްނޫނެވެ. އިއްޔެވެސް މިއަދުވެސް އެމްޑީޕީ އޮތީ އެމްޑީޕީ އުފެދުނު އަސާސްތަކުގެ މަތީގައެވެ. 

އެކިނަސްލުގެ އެކި ދީނުގެ މީހުން ބައިބަޔަށް ގެނެސް ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ އެއްވެސް އިރަކު އެމްޑީޕީގެ ފިކުރެއް ނޫނެވެ. ސިޔާސަތެއްވެސް ނޫނެވެ. ބޭރުގެ އިންވެސްޓަރުނަށް އަބަދުވެސް އެމްޑީޕީން މަރުހަބާ ކިޔައެވެ. ގުޅިގެން ފުޅާ ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށް ކުރިއަށް ގެންދިޔުމަކަށް އެމްޑީޕީން ހުރަހެއް ނާޅައެވެ. އެހެނަސް ނުފޫޒުގަދަ މަހުޖަނެއްގެ ގޮނޑިކޮއްކޮއަކަށް ރާއްޖެ ހަދާކަށް އެމްޑީޕީ އެއްއިރަކުވެސް މަރުހަބާއެއް ނުކިޔައެވެ. އަމްދުން ޔަހޫދީންގެ މަސްލަހަތު ހުރި އެއްވެސް ވިޔަފާރިއަކަށް ދުވަހަކުވެސް ދިވެހި ރައްޔިތުން މަރުހަބާއެއް ނުކިޔާނެއެވެ. 

އިނގިރޭސި ބަހުން ކުރެއްވިޔަސް ރައީސް ނަޝީދު އެ ކުރެއްވީ އެމްޑީޕީގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ގިނަ ދިވެހިން ތަރުހީބު ދޭނޭ ޕޯސްޓެއް ނޫނެވެ. އެ ވިދާޅުވާ ފަދަ ލިބަރަލިޒަމެއް ގިނަ ދިވެހިންނަކަށް ކަމަކުނުދެއެވެ. ރައީސް ނަޝީދުގެ ވިސްނުންފުޅު ގިނަ މީހުނާ ތަފާތުވުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ. ރައީސް ނަޝީދު ވެސް މެޖޯރިޓީއަށް އިހުތިރާމް ކުރެއްވީމާ ގޯހުން ކަމެއް ނުހިނގާނެއެވެ. 

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގެ ދިވެހިތަރުޖަމާ:  

"އެމް.ޑީ.ޕީ އިން ފަހަކަށް އައިސް ގެންގުޅެމުންދާ މިސްރާބަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ކުރިން މި ޕާޓީއަކީ ހުޅުވާލެވިފައިވާ، ހުރިހާ ފިކުރަކަށް އިހުތިރާމުކުރާ އަދި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކުގެ އެންމެ އިސް ސަފުގައި އޮތް ޕާޓީއެވެ. ނަމަވެސް، މިހާރު ފެންނަމުންދަނީ ބޭރު މީހުންނަށް ނަފުރަތުކުރުމާއި ހައްދުފަހަނަޅާފައިވާ ގައުމީ ފިކުރުގެ ވާހަކަތައް ދެއްކުމަށް މި ޕާޓީން ބުރަވަމުންދާ މަންޒަރެވެ. މިއީ އެމް.ޑީ.ޕީ އުފެދިގެން އައި މަގުސަދުތަކާއި، ޕާޓީގެ ސިޔާސީ އައިޑެންޓިޓީ ބިނާވެފައިވާ އަސާސްތަކާ، އަދި ޕާޓީގެ ކުރީގެ ސަޕޯޓަރުން ބަލައިގަތް އުސޫލުތަކާ މުޅިން ޚިލާފު ކަމެކެވެ.

ޕާޓީގެ ތެރޭގައި ތިއްބެވި ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، އިންތިޚާބީ ކާމިޔާބީއެއް ހޯދޭނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައި، ކަންކަން އޮޅުވާލައިގެންނެވެ. ނަމަވެސް، މިއީ އެމް.ޑީ.ޕީގެ އަސްލު ތަނބުތަކެއް ކަމުގައިވާ ތައުލީމީ، ހުޅުވާލެވިފައިވާ ފިކުރުގެ މީހުންނާއި ލިބަރަލް ވިސްނުމުގެ މީހުން ޕާޓީއާ ދުރުކުރުވާނެ ކަމެކެވެ. ކުރު މުއްދަތެއްގެ ސިޔާސީ މަންފާއަކަށްޓަކައި ޕާޓީގެ އަސްލު ސަޕޯޓަރުން ބާކީކޮށްލުމަކީ ނުބައި މިސްރާބެއްގެ އިތުރުން، ސްޓްރެޓީޖިކް ގޮތުން ބަލާއިރު ޕާޓީއަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެކެވެ.

"ބިރަކާ ނުލާ މަޖާކުރުން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ކެމްޕޭންގެ ހަނދާން އާކޮށްލުން މުހިންމެވެ. އެ ޝިއާރުގެ ސަބަބުން ޕާޓީގެ ތާއީދު ކުޑަވުމުގެ ބަދަލުގައި، އިތުރު ވިހިހާހެއްހާ ވޯޓު ޕާޓީއަށް ލިބި، ތާއީދު އިތުރަށް ފުޅާވެގެންދިޔައެވެ. ނަމަވެސް، ސިޔާސީ ބޭނުމަށްޓަކައި ދީން ހަތިޔާރަކަށް ހެދުމާއި، "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ޕާޓީގެ އިތުބާރު ކެނޑޭނެ ކަމެކެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން އާންމު މަސްލަހަތު ގެއްލި، ގައުމީ ސިޔާސީ މަޝްވަރާތަކުގެ ފެންވަރު ދަށްވެގެންދެއެވެ.

އެމް.ޑީ.ޕީ މިއަދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. މި މިސްރާބުގައި ކުރިއަށްދާނަމަ، ޕާޓީގެ ވަކިވަކި ސިފަތަކާއި ޕާޓީން ހިފަހައްޓަމުން އައި އަގުހުރި އުސޫލުތައް ގެއްލިގެން ހިނގައިދާނެއެވެ. އަޅުގަނޑުގެ އުއްމީދަކީ، ޕާޓީގެ އަސާސްތައް ގަބޫލުކުރާ މެންބަރުން މިކަމުގެ ތެރެއަށް ވަދެ، ޕާޓީ ހަލާކުގެ ތެރެއަށް ދިޔަނުދީ ސަލާމަތްކުރުމެވެ. އަޅުގަނޑުމެންގެ ސިޔާސީ ކަންކަމުގައި އިޚުލާޞްތެރިކަން އިސްކުރުމުގެ ހިކުމަތާއި ހިތްވަރު މާތްﷲ އަޅަމެންނަށް މިންވަރުކުރައްވާށިއެވެ. އާމީން."

]]>
Sun, 01 Nov 2026 14:59:46 +0500 މުއާޒު
ފައިސާ އަށް އަމާވިއްކުން ! https://heerasnews.com/4705 https://heerasnews.com/4705 އަމިއްލަ އުފަން ވަޒަނަށް ހިޔާނާތްތެރިވުމާއި އަމިއްލަ މައިމީހާއަށް ހިޔާނާތްތެރިވުމާ ދެމެދު ހުރި އެއްގޮތްކަމުން ގައުމު ވިއްކާލަން އުޅޭމީހުން އަހުލާގީ ގޮތުން ދަށު ދަރަޖައަކަށް ވެއްޓިފައިވާކަން ހާމަކޮށްދެއެވެ. ސަބަބަކީ މި ދެ ކަމަކީ ވެސް ހިމާޔަތާއި، ވަކިވަކިވަންތަކަން (އައިޑެންޓިޓީ) އަދި އެއްވެސް ޝަރުތަކާ ނުލައި ލިބޭ އަޅާލުމުގެ މައްޗަށް ބިނާވެފައިވާ އަސާސީ ގުޅުންތަކަކާ ހިލާފުވުން ކަމަށްވާތީއެވެ.

ސިޔާސީ ފަލްސަފާއާއި އަހުލާގިއްޔާތުގައި، "ވަތަން" އަދި "މައިމީހާ" މި ދެ ލަފްޒު ގިނައިން ގުޅުވާލެވެނީ، މި ދެ ފަރާތަކީ ވެސް އިންސާނާގެ އަސްލު ފެށުމާއި، ބަލާބޮޑުކުރުމާއި، އަދި ވާޖިބުތަކުގެ އެންމެ މަތީ މަރުހަލާ ރަމްޒުކޮށްދޭ ދެ ފަރާތް ކަމަށްވާތީއެވެ. އިގިރޭސި ބަހުން " މަދަރޓަންގް" ކިޔައނީ މައިމީހާގެ ދުލަކަށް ނޫނެވެ. އެކަމަކު ތިމާ ނިސްބަތްވާ ބަހަށެވެ. ހަމައެހެން " މަދަރލޭންޑް" ކިޔަނީ މައިމީހާގެ ބިމަކަށް ވާތީއެއް ނޫނެވެ. އެހެނެއް ކަމަކު އެތަނަކީ ތިމާ އެތަނަކަށް ނިސްބަތްވެ އުޅެ ބޮޑުވާ ގައުމެވެ. 

މައިވަންތަކަމާއި ތިމާ ލެއްވި ބިން ގުޅިލާމެހިފައި ވަނީ ތިމާއާއި ވަކިނުކުރެވޭ ގޮތަށެވެ. ތިމާގެ ގައުމުން ބައެއް ވިއްކާލުމެކޭ މައިމީހާގެ ގުނަވަނެއް ވިއްކާލުމެކޭ އެއްވެސް ތަފާތެއް ނެތެވެ. ރައީސް މުއިއްޒާ މުއިއްޒުގެ އައުވާނުން ފައިސާގެ ދަހިވެތިކަމުގައި ކުރާން އުޅޭ ކަމަކީ އަމާ ވިއްކުމެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ހަސަންތާޖުއްދީންގެ ދެދަރިންވެސް ގައުމު ވިއްކަން އުޅުނެވެ. ނުވަވަނަ ހަސަން ރަސްގެފާނުވެސް ކުރަން އުޅުނީ އެކަމެވެ. ހާޖަރާ ލުތުފީވެސް ކުރަން އުޅުނީ އެކަމެވެ. އެންމެ ފަހުން މުއިއްޒުވެސް ކުރާން އުޅޭ ކަމަކީ އަމާވިއްކުމެވެ. 

އެންމެންވެސް މޮޅާ ރަނގަޅާ ތަނަވަސްކަން ބޭނުމެވެ. އެކަމަކު އަމާ ވިއްކައިގެން ތަނަވަސްކަން ހޯދަން ބޭނުންވާނީ ކާކުހެއްޔެވެ. ފަލަސްތީނު މީހުން ޔަހޫދީންނަށް އަމާ ވިއްކާލުމުން ޖެހުނު ދަތުރު ފެންނަން އެއޮތީއެވެ. އޮސްޓްރޭލިޔާގެ އަސްލު ރަށްވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި އުޅޭހާލު ދުނިޔޭގެ ލޯތަކަށް ވަނީ ފޮރުވާފައެވެ. ސިލޯނުގައި ސިންހަޅައިންގެ މައްޗަށް ތަމަޅައިން ގަދަވެ އަހުލީ ހަނގުރާމަ ކުރީ އެންމެންގެ ލޯމަތީގައެވެ. 

ރާއްޖޭގައި ބަޔަކަށް ވަޒަނުން ބައެއް ނުވިއްކާވެސް އަސްލު ރަށްވެހިންގެ މައްޗަށް ބޭރު މީހުން ވަނީ ގަދަވެގެންފައެވެ. ރާއްޖޭގެ ހުރިހާ ސިނާއަތަކާއި ކުދި އަދި މެދުފަންތީގެ ހުރިހާ ވިޔަފާރިއެއް މިހާރުވެސް ކޮންޓްރޯލުކުރަނީ ބޭރުން އަރާ ތިބި އާދައިގެ ލޭބަރުންނެވެ. ގާނޫނެއް ގަވައިދެއް އެ މީހުންގެ މައްޗަކަށް ނުހިނގައެވެ. މިހެން އޮތް ތަނަކަށް ދުނިޔޭގެ ފައިސާވެރި ޑްރަގް ލޯޑުންނާއި ޖުވާރީންނާއި ސްމަގްލަރުންނާއި ސްކޭމަރުންނާއި ޒަޔަނިސްޓުން ގެނެސް ރަށްވެހިކަމާއި ބިންދީފިނަމަ ފައްޅިއެއް އަޅާލައިގެން ނިނާމާ ލާނީއެއް ނޫނެވެ. 

ވެރިކަމުގައި ޒަމާންތަކެއް ވަންދެން މުއިއްޒު ހުންނަން ކިތަންމެ ބޭނުމަސް، މުއްސަދިކަމާ ތަނަވަސްކަން ކިތަންމެ ބޭނުމަސް ހަރުކޮންނަންވާނީ ވަރުންނެވެ. އެއްބައިވަންތަކަން ގެއްލި ގައުމުގެ އަސާސްތައް މުގުރާލާން އުޅެގެން ވެރިކަމެއްވެސް ނުއޮންނާނެއެވެ.

ދުބާއީއާއި ސިންގަޕޫރު ފަދަތަންތާ ހުންނަ ކަހަލަ އުސް ރީތި އިމާރާތްތައް ރާއްޖޭގައި ހުރެއޭ ބުނެލުންފިޔަވާ އާއްމު ދިވެހި ރައްޔިތަކަށް ލިބޭނެ އުފަލެއް ހިތްހަމަ ޖެހުމެއް އަލައްބާރު ސިޓީ ރަސްމާލެއަކުން އަދި ނޫނު ޓައުންޝިޕް ޕްރޮގްރާމަކުންވެސް އާއްމު ދިވެއްސަކަށް ނުލިބޭނެއެވެ. ހަމަތެދެކެވެ. އަމިއްލަ ޖީބު ބޮޑުކޮށް ވެރިކަމުގައި ދެމިހުރުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި މުއިއްޒެއް ކަމަކު އަމާވިއްކައިގެން އަމާ ހޯދަން ނޫޅޭށެވެ. 

]]>
Sun, 01 Nov 2026 12:24:31 +0500 މުއާޒު
ދިވެހިރައްޔިތުންނަށް މުއިއްޒު ކުރި ބޮޑު މަލާމާތަކާއި ފުރައްސާރައެއް https://heerasnews.com/4699 https://heerasnews.com/4699 ދިވެހިންގެ ގިނަ މީހުންނަކީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް މީހުންނެވެ. މާލެ ސަރަހައްދުގައި ގިނައިން އުޅެނީ ކުލީގެ އަޅުންނެވެ. ސޯސަލް ހައުސިންގެ ދަށުން ވެސް ދެކޮޓަރި ނުވަތަ ތިންކޮޓަރީގެ ފްލެޓްގަޑެއް ލިބިގެން އުޅެނީވެސް މަދުބައެކެވެ. ލިބިފައި އޮތް ފްލެޓްގަނޑަށް ގަވައިދުން ދައްކަންޖެހޭ ފައިސާ ވެސް ދެއްކެނީ މަދު ބަޔަކަށެވެ.

އަނެއްކޮޅުން މާލެ ސަރަހައްދު ނޫން ރަށްރަށުގައި ގިނަ މީހުން ތިބީ ގޯތި ނުލިބިފައެވެ. ގޯތި ލިބޭ މީހަކަށް އެތަނުގައި ދިރިއުޅެލެވޭ ވަރުގެ ތަނެއް ހަދައިގެން ހަމަޖެހިލައިގެން އުޅެލެވޭވަރުގެ މީހުން ދާދި މަދެވެ. އާބާދީގެ ބޮޑުބައި ތިބީ ބޯހިޔާވަހި ކަމަށްޓަކައި ލޯނު މަޅީގައި ޖެހި ހަތަރު އުދަރެސް ފެނުޖެހިފައެވެ. 

މާލެ ސަރަހައްދުގައި އަޅާފައިވާ ލަގްޒަރީ އެޕާޓްމަންޓްތަކުން ގިނަ ތަންތަން ގަނެގެން އުޅޭ ގިނަ މީހުން ވެސް އުޅެނީ ލޯނު ނަގައިގެން ދަރާ ބޯ ނުހިކިގެންނެވެ. ފަސް އިގިލިން ގުނާލެވޭ ވަރުގެ މަދު އަދަދެއްގެ ބަޔަކަށް ނޫނީ މިހާރު އެ ވިއްކާ އާދައިގެ އެޕާޓްމަންޓެއް ގަނެލެވޭ ވަރުގެވެސް ތަނަވަސް ކަމެއް ނެތެވެ. ދިވެހީންގެ ބޯހިޔާވަހިކަމާއި ތަނަވަސްކަން ހުރީ މި ދަރަޖައިގައެވެ. 

އެހެން އެކަން އޮއްވާ އީގަލް ހީލްސުން ބިނާކުރާ ރަސްމާލެއިން ޕްރޮޕަޓީ ގަތުމުގެ ފުރުސަތު ދިވެހީންނަށް ތަންމިނަށް އޮންނާނެކަމަށް ބުނެ "ނޭޝަން ޗެޓް" ގައި ދިވެހީންނަށް ރައީސް މުއިއްޒު އެކުރީ މަލާމާތެކެވެ. ފުރައްސާރައެކެވެ. 

މުއިއްޒު އެ ބުނާގޮތަށް އަލައްބާރު ސިޓީން ޕްރޮޕަޓީއެއް ގަނެވޭވަރުގެ ތިބީ ކިތައް ދިވެހީން ހެއްޔެވެ. އަލައްބާރު ސިޓީއަކީ މުއިއްޒު އެ ބުނާހެން ޕްރޮޕަޓީ ދިވެހިންނަށް ގަނެވޭ ވަރުގެ ތަކަށް ނުވާނެއެވެ. ދުނިޔޭގެ މަހުޖަނުންނަށް އަމާޒުކޮށްގެން ބިނާ ކުރަންއުޅޭ ތާކުން ދިވެހިންނަށް ޕްރޮޕަޓީ ވިއްކާ ވާހަކަ ގައުމުގެ ރައީސް ދެއްކުމަކީ ރައްޔިތުންނަށް ކުޑައިމީސް ކުރުމެކެވެ. މުއިއްޒުގެ އެ ވާހަކައިގެ ނިޔަތް ރަނގަޅުނަމަވެސް އެކަމުން ދޭހަވަނީ ގައުމުގެ ރައްޔިތުންގެ ހާލަތު ގައުމުގެ ރައީސަށް ނޭނގޭވަރެވެ. 

ރައްޔިތުންނަށް އޮޅުވާލަން އަތްގުޅި ނުކާވަރުގެ ބޮޑެތި ވާހަކަ މުއިއްޒު ދެއްކިޔަސް ހަގީގަތަކީ އެއީއެއް ނޫނެވެ. އަލައްބާރު ސިޓީގައި ގިނައިން ވަޒަންވެރި ވާނީ ޒަޔަނިސްޓް މަހުޖަނުންނެވެ. ސްކޭމަރުންނާއި މާފިޔާ ލީޑަރުންނެވެ. ޑްރަގް ލޯޑުންނާއި ޖުވާރީންނެވެ. ރާއްޖޭގައި ގާއިމުކުރާ އައްބާރު ސިޓީ ވެގެން ދާނީ މަނީ ލޯޑަރިންގ މެޝިނަކަށެވެ. އައްބާރުސީޓީގައި ދިވެހިންނަކަށް ޖާގައެއް ނޯންނާނެއެވެ. ދިވެހި ގާނޫނެއް ނުހިނގާނެއެވެ. އައްބާރު ސިޓީ ވެގެން ދާނީ ރާއްޖޭގައި ގާއިމުކުރެވޭ އަދިރި ދައުލަތަކަށެވެ. މެލޭސިޔާގެ ފޮރެސްޓް ސިޓީ އާއި އެނޫންވެސް އެފަދަ ރެސިޑެންސީތަކުން އެހަގީގަތް އެއޮތީ ފެންނާށެވެ. 

]]>
Fri, 30 Oct 2026 13:48:59 +0500 މުއާޒު
އަލައްބާރު ރަސްމާލެ ބިނާކުރާނީ އޭނާގެ ކަސްޓަމަރުނަށް ބޭނުންވާ ގޮތަށް https://heerasnews.com/4697 https://heerasnews.com/4697 ތަރައްގީ ކުރުމަކަށް ރައްޔިތުންގެ ތެރެއިން އެކަކުވެސް ދެކޮޅެއް ނޫނެވެ. ރައްޔިތުންގެ ގިނަ ބަޔަކު ދެކޮޅު ހަދަނީ ނުނިމޭ 99 އަހަރަށް 500 ހެކްޓަރ ބިން ބޭރު ބަޔަކަށް ދޭށެވެ. ރައްޔިތުން ދެކޮޅު ހަދަނީ އެ ބައެއްގެ މައްޗަށް ބަސްނުވިކޭނެ ގާނޫނު ނުހިނގާނެ ބޮޑެތި މަހުޖަނުންނަށް ޕްރޮޕަޓީ ވިއްކާ އެ މީހުނަށް ރަށްވެހިކަން ދޭށެވެ. ރައްޔިތުން ދެކޮޅުހަދަނީ ޒަޔަނިސްޓު މަހުޖަނުންގެ އައްޑާއަކަށް ރާއްޖެ ހަދަން ފުރުސަތު ލިބޭނެތީއެވެ. ރައްޔިތުން ދެކޮޅު ހަދަނީ ރަސްމާލޭން 500 ހެކްޓަރު ބިންދިނުމުގައި ރައްޔިތުން ދެކޭގޮތް ނުބަލާ ހާމަކަން ކުޑަ ގޮތަކަށް ސިއްރުސިއްރުން ދޫކޮށްލަން އުޅޭތީއެވެ. ރައްޔިތުން ދެކޮޅު ހަދަނީ ސަރުކާރުން މިހާރު ކަންކުރަން އުޅޭ ގޮތަށް ކޮށްގެން ނިކުންނަ ނަތީޖާއާ ދަރިންގެ ދަރީން ބައްދަލު ކުރާށެވެ. 

އަލައްބާރު ބުނަނީ އޭނާއަކީ ވިޔަފާރި ކުރާ މީހެއް ކަމަށެވެ. ވިޔަފާރި ކުރާމީހަކު އޭނާގެ ވިޔަފާރި ބިނާކުރާނީ އޭނާގެ ކަސްޓަމަރުންނަށް އަމާޒުކޮށެވެ. އޭނާގެ ވިޔަފާރި ބައްޓަން ކުރާނީ އެންމެ ފައިދާ ބޮޑު ، އެންމެ މަންފާވާނެ ކަމަށް ދެކޭ ގޮތަކަށެވެ. ވިޔަފާރީގެ ޓާގެޓް ގްރޫޕްތަކަށް ބޭނުންވާ ގޮތަށެވެ.

ޓާގެޓް ގްރޫޕްގައި ހިމެނޭ ވަކި ބަޔަކަށް ބައިވެރި ނުވޭ ގޮތަށް ބޮޑެތި ހުރަސްތަކެއް އޮތް ވިޔަފާރިއެއް ވިޔަފާރިވެރިއަކު ނުކުރާނެއެވެ. އެހެން ކަމުން އަލައްބާރެއް ކަމަކު ވާނީ ވަކީން އެހެން ކޮންގޮތެއް ހެއްޔެވެ. 

ރަސްމާލޭގައި ގާއިމުކުރާ އަލައްބާރުގެ ވިޔަފާރީގެ ޓާގެޓް ގްރޫޕަކީ މިސްކިތު މުދިމުންނާއި ގާރީވެރިންނާއި ހާފިޒުންނާއި އިމާމުންނަކަށް ނުވާނެއެވެ. ދުނިޔޭގެ އުފާތަކުން މަހުރޫމުވެގެން ތިބި ދެއްކުންތެރިކަމެއް ނެތި ކަދުރު އޮށަކުން ހައިފިލުވާލައިގެން އުޅޭ މައުސޫމު ބަޔަކު ކަމުގައިވެސް އަލައްބާރުގެ ޓާގެޓް ގްރޫޕެއް ނުވާނެއެވެ. އަލައްބާރުގެ ރަސްމާލެ ބިނާކުރާނީ ދުނިޔޭގެ ބޮޑެތި މަހުޖަނުންނަށެވެ. 

އަލައްބާރުގެ ހުރިހާ ބިޒްނަސް މޮޑެލަކީ ވެސް ދުނިޔޭގެ ފައިސާވެރިންނަށް އަމާޒުވާ ބިޒްނަސް މޮޑެލެވެ. އެކަމުން ރަސްމާލެ އިސްތިސްނާ ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ދުނިޔޭގެ ފައިސާ ވެރިންގެ ތެރޭގައި ޑްރަގް ލޯޑުން މަދެއްނޫނެވެ. ޖުވާރީން މަދެއް ނޫނެވެ. މާފިޔާ ގޭންޣްތައް މަދެއް ނޫނެވެ. ސްކޭމަރުން މަދެއް ނޫނެވެ. އަނެއްކޮޅުން ޒަޔަނިސްޓުންނާއި ޒަޔަނިސްޓުންނަށް ފަންޑްކުރާ މީހުންނެއްވެސް މަދެއްނޫނެވެ. 

ރަލާއި އޫރުމަސް ހިތަކަށް ނުލިބޭ، ޖުވާ ނުކުޅެވޭ، ނައިޓްކްލަބް ނުހުންނަ ތަނަކުން ޕްރޮޕަޓީ ގަނެގެން އަންނާނީ މަދުބައެކެވެ. ބޮޑު އަގުދީފައި ޗުއްޓީ ހޭދަކޮށްލަން ދެތިން ހަތަރު ދުވަހަށް ލަގްޒަރީ ރިސޯޓަކަށް މަހުޖަނުން އަންނަހެން ބޭނުންވާ ހުރިހާ މަޖަލަކާއި އުފަލެއް ކުރެވެން ނެތް ތާކުން ޕްރޮޕަޓީ ގަނެގެން، ރައްވެހިކަން ގަނެގެން އަންނާނެ މީހަކު ނޫޅޭނެއެވެ. އެންމެ ރަނގަޅަށް އެކަން އެނގޭނީ ވެސް އަލައްބާރަށެވެ. 

އެހެން އެކަން އޮތްއިރު މުއިއްޒު އެބުނާ ހުރިހާ ޝަރުތަކެއް ހަމަކޮށްގެން ތަރައްގީ ކުރަންޖެހޭ ރަސްމާލެއެއް އަލައްބާރަކަށް ނުއޮންނާނެއެވެ. އަލައްބާރުގެ ވިޔަފާރިއެއް ދިވެހިންނަށްޓަކާ ކޮމްޕްރަމައިޒެއް ނުކުރާނެއެވެ.

އަލައްބާރު ލައްވާ ރަސްމާލެ ތަރައްގީކުރަން ބޭނުމިއްޔާ މުއިއްޒަށް ޖެހޭނީ ޒަޔަނިސްޓުންނަށް ވެސް ރާއްޖޭގައި ވަޒަންވެރިވާން ފުރުސަތު ދޭށެވެ. ޕަބްތަކާއި ނައީޓްކުލަބްތަކާއި ކެސިނޯ މަރުކަޒުތަކަށްވެސް ޖާގަދޭށެވެ. ޗާޗާއި ފައްޅިއާއި ޔަހޫދީންގެ ސިނަގޯގު އަޅަން އެއްބަސްވާށެވެ. 

]]>
Fri, 30 Oct 2026 00:53:31 +0500 މުއާޒު
ހަދާ ގާނޫނަކުން ދެކޮޅުހެދުމެއް ނުހުއްޓުވޭނެ: މީމު ސައްޕެ https://heerasnews.com/4692 https://heerasnews.com/4692 ފައިސާގެ ބޭނުމުގައި ވިއަސް ، އަހަރެމެންގެ ބިމާއި އަމިއްލަވަންތަކަމުން ކުޑަމިންވަރެއްވެސް ބޭރުބައެއްގެ ބާރުގެ ދަށަށް ދޫކޮށްލުމަކީ ރުހެވޭނެ ކަމެއްނޫން ކަމަށް އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.

އަމަލުކުރެވެމުންދާ ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލިސްގައާއި އިސްލާހީ ހަރަކާތުގައި އިސްދައުރެއް އަދާކުރެއްވި ސައްޕެ އެހެން ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އީގަލް ހިލްސްއަށް ރަސްމާލޭގެ 500 ހެކްޓަރ ދިނުމާ ދެކޮޅު ހެއްދެވިމުގެ ގޮތުން ސައްޕޭ ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވި ބޮޑުންނާއި ވެރިންވިދާޅުވިއަސް ، އަދި ކިތަންމެ އަދަބުބޮޑުކޮށް ގާނޫނުހެދިޔަސް، މީހުންމެރުމާއި ގަތުލުއާއްމުހިންގުމާއި ނަސްލުނައްތާލުމާ އަހަރެމެން ދެކޮޅު ހައްދަވާނެ ކަމަށެވެ. ގާނޫނަކުން ދެކޮޅުހެދުމެއް ނުހުއްޓުވޭނެ ކަމަށް ސައްޕެ ވިދާޅުވިއެވެ. 

އެމްޑިޕީ އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރެއްވި މީމު ސައްޕެ، އެމްޑީޕީގައި ކުރިއަށް އޮތް އެތެރޭގެ އިންތިހާބުގައި ގައުމީ މަޖިލިހުގެ މެންބަރ ކަމަށްވެސް ދަނީ ވާދަކުރައްވަމުންނެވެ.

]]>
Wed, 28 Oct 2026 13:59:41 +0500 މުއާޒު
ޕީއެންސީ އެމްޕީންނަށް: ހިތުހުރި ގޮތެއް ހެދޭނީ ވެއްޓެންދެން https://heerasnews.com/4691 https://heerasnews.com/4691 މާތް ކަލާކޯއެވެ. އޮޅިގެން ނޫޅޭށެވެ. ރާއްޖޭގެ ބިމާއި ކަނޑާއި ވަޔަކީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އަމިއްލަ މިލްކެއް ނޫނެވެ. ރައްޔިތުންގެ ކަންކަން ހިތުހުރި ގޮތަކަށް ކުރަނީ މުޅި އުމުރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ތިބެވިދާނެހެން ހީވާތީ ހެއްޔެވެ. ރައްޔިތުންނާ ނުބައްސާ ގައުމުގެ ކަންކަން ހިތުހުރި ގޮތަކަށް ކުރަމުން ގެންދަނީ މިނޫން ދުވަހެއް ނާންނާނެ ކަމަށް ހެއްޔެވެ. ހަމަހިލާ އެހެނަކުން ނުވާނެއެވެ.

ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ނޫނެކޭ ގޮވަގޮވާ ތިއްބާ މުއިއްޒާއި އަލައްބާރު ބޭނުންވާ ގޮތަށް ރަސްމާލެ ދޫކޮށްލާފައި އުމުރަށް އުފަލާ އަރާމުގައި ތިބެވިދާނެ ކަމަށް ހީވަނީ ހެއްޔެވެ. ސިއްރު ސިއްރުން ބައި އަޅާލައިގެން ރަސްމާލެ ތިޔަ ދޫކޮށްލަނީ ކަލޭމެންގެ ދަރިންގެ ދަރިންނަށް ވެސް ހިޔާނާތްތެރި ވަމުންނެވެ. ދުނިޔެ ރަންވެގެން ތިބެ މުއިއްޒު އެދޭހާ ކަމެއް އެދޭހާ ގޮތަކަށް ކުރަމުން ދާއިރު އެންމެނަކު އަބަދަކު ބަލާކަށް ނުތިބޭނެއެވެ. 

ދާއިރާއަކުން މަޖިލީހަށް ހޮވިފައި ތިބުމަކީ ގައުމު ކުދިކޮށްކޮށާ ކޮށާ ކާޅަށް ދިނުމަށް ދީފައި އޮތް ލައިސަންސެއް ނޫނެވެ. ދައުލަތުގެ މިލްކިއްޔާތު އިރާ ވިދާ ނޮޅާ ކާން ދީފައި އޮތް ތަޅުދަނޑިއެއްވެސް ނޫނެވެ. ވެރިއަކު ނުބައި ނުލަފާވެ ޖައްބާރުވަނީ ރައްޔިތުންގެ ވަކީލުންގެ ގޮތުގައި ތިބި ބައެއްގެ އަމިއްލަ އެދުމާ ހިޔާނާތްތެރި ކަމުގެ ސަބަބުންނެވެ. ތިޔަފަދަ ނުބައި ނުލަފާ ކަމުގައި އަބަދަކު ދެމިއެއް ނުތިބެވޭނެއެވެ. ވެއްޓޭނެ ދުވަހެއް އަންނާނެއެވެ. އެ ދުވަހަކުން ތިޔަ ނުބައި ނުލަފާކަން ހަނދާން ނައްތާލާ ލޯމަރާލައިގެން އެންމެނަކު ނުތިބޭނެއެވެ. އާރާ ބާރުގައި ތިބެ ހަދާނެ އެއްޗެއް ހަދާފައި އުމުރުގެ ބާކީ ބައި މާ އުފަލެއްގައި އުޅެވިދާނެ ކަމަށް ހީވަނީ ހެއްޔެވެ. 

ތިމަންނާމެން މިއީ ފަސްހާސް ރައްޔިތުންގެ ތެރެއިން ހޮވާފައި ތިބި ބައެކޭ ތިމަންނާމެން ނިންމާ ކޮންމެ ނިންމުމަކަށް ރައްޔިތުން ރުހި ގަބޫލުވާނެ ކަމަށް ފަލާހުމެންނަށް ހީވަނީތާއެވެ. އެހެން ހީވަންޏާ އެކަމުގެ ހިތި ނުފެނިއެއް ނުދާނެއެވެ. މީގެކުރިން ދެ ވޯޓު އެއްކުރަން ފޫގަޅައިގެން ތިޔަހެން އުޅުނެވެ. އާހިރުގައި އިނގުރައިދޫ ދާއިރާގެ ރައްޔިތުން ވެސް ފަލާހު ބޭނުންވި ގޮތަކަށް ވޯޓެއް ނުދިނެވެ. ފަލާހު ބޭނުންވީ ގޮތެއް ދާއިރާ ރައްޔިތުން ބޭނުމެއް ނުވިއެވެ. ޖެހީ ބޮޑުކޮށް "ނޯ"އެވެ.

ރަސްމާލެ ޑީލުގައި ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ސަބަބެއް ނެތްކަމަށް އައިބީއަށް ހީވަންޏާ ތަޖުރިބާއިން ރައްޔިތުންގެ ވޯޓު އައިބީ ބޭނުން ނުވި ގޮތަށް ނިމިގެން ދިޔަކަން ހަނދާންކޮށް ބަލާށެވެ. އައްޑޫ ސިޓީން ފޭދޫ ވަކިކުރަން އުޅެގެން ވީގޮތް ހަދާންވީތާއެވެ. ދެވޯޓު އެއްކުރާ ވޯޓު ދިޔަގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރަސްމާލެ މައްސަލަ ގެންދަން އައިބީ ވެސް ބިރު ގަންނަނީތާއެވެ. 

މެންބަރު ފަޒީލެވެ. ރާއްޖޭގެ ކޮންމެ އަކަ އިންޗިއަކީވެސް ދިވެހިރައްޔިތުންގެ މިލްކެކެވެ. ދިވެހި ފަސްގަނޑަކީ މަތިންދާ ބޯޓެއްގެ އިންޖީނު ސްޕެއަރޕާޓެއް ނޫނެވެ. ފަޒީލު އިންޖީނެއް ރާވާގޮތް ރައްޔިތުންނަށް އެނގޭކަށް ބޭނުމެއް ނުވާނެއެވެ، އެކަމަކު ރަސްމާލެ އީގަލް ހިލްސްއަށް ދޭން އުޅޭ ހުރިހާގޮތެއް އަލިފުން ޔާއަށް ރައްޔިތުންނަށް އެނގެން ޖެހޭނެއެވެ. އަންގަންވެސް ޖެހޭނެއެވެ. މާ ގަދަވާން ނޫޅޭށެވެ. 

މެންބަރ އަސްލަމެއް ކަމަކު އެޗްޑީސީން މީހެއްގެ އަންބަކު ހޯދައިގެން ތުންގުޅުވާފައި ހިންދާލާހެން ކޮންމެކަމެއް އޮއްބާލަން ނޫޅޭށެވެ. ތުމާ ތުންގުޅަން ބަހާނެ ފައިސާ ހޯދާތަނަކަށް ރަސްމާލެ ހަދަން ނޫޅޭށެވެ. ކިތަންމެ ފައިސާއެއް ލިބެން އޮތަސް ރަސްމާލެ އީގަލް ހިލްސްއަށް ދޭން އުޅޭއުޅުމުގައި އަތްއަޅައިގެން ފޮރުވަދޭން އުޅެވޭ ވަރަށްވުރެ ތިބާގެ ފަސްބައިވެސް މުޑުދާރެވެ. 

]]>
Wed, 28 Oct 2026 07:21:16 +0500 މުއާޒު
އިޒްރޭލު ޕާސްޕޯޓް ބޭން ކުރުވީ އެމްޑިޕީން | ޕީއެންސިއެއް ނޫން https://heerasnews.com/4689 https://heerasnews.com/4689 ރައީސް މުއިއްޒު ސަރުކާރަކީ ހަގީގަތުގައިވެސް އިޒުރޭލާ ދެކޮޅު ސަރުކާރެއް ހެއްޔެވެ. އިޒްރޭލާ މާ ދެކޮޅު ސަރުކާރެއް ކަމަށް ދެއްކިގެން އުޅެނީ ރައްޔިތުންގެ ފިއްތުންތަކާ ހެދިގެން ނޫންހެއްޔެވެ. 

ޔަގީނުންވެސް ފަލަސްތީނުގައި އިޒުރޭލުން ހިންގަމުންދިޔަ ނަސްލު ނައްތާލުމުގެ ގަތުލު އާއްމުގެ އެންމެ ހޫނު ދުވަސްވަރު މުއިއްޒު ސަރުކާރު އޮތީ އެކަމަށް ލޯމަރައިގެންނެވެ. އަޅާ ކަހާވެސް ނުލައެވެ. 

އިޒުރޭލަށް ވާގިދޭ ވިޔާފާރިތައް ބަންދުކުރުމަށާއި އިޒްރޭލު މީހުން ރާއްޖެއަށް އައުން ހުއްޓުވުމަށް ރައްޔިތުންގެ ތެރޭގައި އެދުވަސްވަރު އަޑުއުފުލާ އެއްވުންތައް އެއްވެ ރޮއިއާދޭސްކުރަމުން ދިޔައިރު އެކަމަށް ސަރުކާރުން ދިނީ ބީރު ކަންފަތެވެ. 

ސަރުކާރު އޮތީ އެމެރިކާއާއި އިޒުރޭލުގެ ބައިވެރިންގެ ފަޅީގައި ގަދަކޮށެވެ. މަތިއޮމާންކުރަން ގޮތްދެއްކިޔަސް މުދަލާއި ފައިސާއަށްޓަކާ ރައްޔިތުންގެ އަޑެއް ނޭހުނެވެ. ހުއްދަ ނަގައިގެން އދގެ އާއްމު ޖަލްސާގައި ގަދަބަސް ބުންޏަސް އެއީ ކުޅުނު ޑްރާމާއެއްކަން އެންމެނަށްވެސް އެނގެއެވެ. މުއިއްޒު ޖައްސާ ވައްވަކެއްގެ ކުޑަވެސް އަސަރެއް ދުނިޔެއަށް ނުކުރާނެކަން ނުދަންނަ ބަޔަކު ނެތެވެ.

ސަރުކާރުން އަޅާ ނުލައިގެން އެންމެފަހުން އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރާ އިސްލާހެއް އިމިގްރޭޝަން ގާނޫނަށް ހުށަހެޅީ އެމްޑީޕީންނެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރ އަހުމަދު މީކާއީލް ނަސީމް 29 މެއި2024 ގައެވެ.

މަޖިލިހަށް އެ ހައްސާސް ބިލް ބަލައިގަނެ ކޮމެޓިއަށް ފޮނުވީ 10 ޖޫން 2024 ގައެވެ. ރައީސް މުއިއްޒުގެ އެންގުމަށް މަޖިލިހުގެ ކޮމެޓިގައި ގޮތެއް ނުނިންމާ އެތައް ދުވަހަކު ބިލު ބޭއްވިކަމީ ރެކޯޑްތަކުން ވެސް ފެންނަން ހަގީގަތެކެވެ.

ރައްޔިތުންގެ ޕްރެޝަރ ބޮޑުވެ އެހެންގޮތެއް ނެތިގެން މަޖުބޫރުވެގެން 14 އެޕްރީލް 2025 ގައި އިޒްރޭލް ޕާސްޕޯޓް ބޭންކުރަން މަޖިލީހުން ފާސްކޮށް 15 އެޕްރީލް 2025 ގައި ތަސްދިގުކޮށް ގެޒެޓްކޮށް އަމަލުކުރަން ފެށީއެވެ. 

ރެއަކާ ދުވާލެއް ނުވެ ގާނޫނު އަސާސީ އިސްލާހުކޮށް ގެޒެޓްކުރާ މުއިއްޒު ސަރުކާރަށް އިޒްރޭލް ޕާސްޕޯޓް ބޭންކުރަން ބަރާބަރު 10 މަހާ ބައި ނެގިއެވެ. އެކިފަހަރު އެކި ހަމަ އަޅުވައި ގެންނެވެ. ގާތްގަޑަކަށް އަހަރެއްހާ ދުވަސް އެކަން ދެންމުމުގައި  ހޭދަކޮށްލުމުން މުއިއްޒުގެ ނިޔަތުގެ ނުބައިކަން ކިތަންމެހާވެސް ރަނގަޅަށް ސާފުވާނެއެވެ.

އެވަރުގެ މީހަކު ރަސްމާލޭގައި ޒަޔަނިސްޓުން ވަޒަންވެރި ކުރުވާކަށް ނޫޅެމޭ ބުންޏަސް ގަބޫލުކުރާނީ ކާކުހެއްޔެވެ. ފައިސާ ލިބެންޏާ މުއިއްޒު ކޮށްފާ ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. ޒަޔަނިސްޓުންނަށް ރާއްޖެ ހުޅުވާނުލާ މުއިއްޒަށް ހަމަނިދި ނުނިދޭނެއެވެ.

]]>
Tue, 27 Oct 2026 19:27:54 +0500 މުއާޒު
އިގުތިސޯދަށް ގެއްލުންދީގެން ފުރަތަމަ ހައްޔަރު ކުރަންޖެހެނީ މުއިއްޒު https://heerasnews.com/4688 https://heerasnews.com/4688 ފާޑުފާޑުގެ ގާނޫނު ހަދައިގެން ރައްޔިތުންނަށް ބިރުދައްކަން މުއިއްޒެއް ކަމަކު އުޅޭނެކަމެއް ނެތެވެ. މުއިއްޒު އަމިއްލައަށް ތިޔަ ކޮންނަނީ އަމިއްލަ އަނދަވަޅެވެ. މަޖިލީހުގެ ސްޕަރ މެޖޯރިޓީ އޮތަތީ ހިތުހުރި ގޮތަކަށް ގާނޫނުތައް ހަދައިގެން ވާދަވެރިންގެ އަޑު ކަނޑުވާލާ ހިޔާލުތަފާތު އެންމެން ޖަލުގައި ބައިތިއްބައިގެން ވެރިކަން ކުރެވިދާނެ ކަމަށް ހީވާހީވުމަކީ ކުށްހީއެކެވެ. އަމިއްލަ އަނދަވަޅު އަމިއްލަ އަތުން ކޮނުން ލަސްނުކުރާށެވެ.

ރާއްޖޭގެ ތާރީހުގައި އިގްތިސޯދަށް އެންމެ ބޮޑު ގެއްލުމެއް ދިނީވެސް ދެމުން ދަނީވެސް މުއިއްޒާއި މުއިއްޒުގެ އައުވާނުންނެވެ. ވެރިކަމަށް އެރިގޮތަށް އަރާ އަވައްޓެރި އިންޑިއާ އަށް ވަށިވަށިންދީ ރާއްޖޭގެ ޓޫރިޒަމަށް އެތައްސަތޭކަ މިލިޔަނުގެ ބޮޑު ގެއްލުމެއް މުއިއްޒާއި މުއިއްޒު ސަރުކާރުން ވަނީ ދީފައެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުން އަދިވެސް ފޫނުބެދެއެވެ. މުއިއްޒު ހަދާ ގާނޫނުގެ ދަށުން އިގްތިސޯދަށް އެންމެ ބޮޑު ގެއްލުމެއް ދީގެން ހައްޔަރު ކުރަންޖެހޭ ފުރަތަމަ މީހަކީ މުއިއްޒެވެ. މަލްޝާއާއި ޝިއުނާވެސް އެއަކުން ނުނެއްޓެއެވެ. 

މުއިއްޒު ވެރިކަމަށް އައިރު ރާއްޖޭގެ ކަންކޮޅުތަކުގައި ފަށާފައިވާ އެތައް ސަތޭކަ ޕްރޮޖެކްޓެއް ހުއްޓެވެ. ކަރަންޓާއި ފެނާ ނަރުދަމާއާއި ބަނދަރާއި މަގާއި ސްކޫލާއި އެއަރޕޯޓް ފަދަ އެތައް ޕްރޮޖެކްޓެކެވެ. އެއިން ކޮންމެ ޕްރޮޖެކްޓަކީ ދައުލަތުން އެތައް މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ޕްރޮޖެކްޓްތަކެވެ. ސަބަބެއްނެތި އެއިގެތެރޭގައި ހިމެނޭ ގިނަ ޕްރޮޖެކްޓްތަކެއް މުއިއްޒު ވަނީ ހުއްޓާލާފައެވެ. އެތައް ޕްރޮޖެކްޓެއް ވަނީ ލަސްކޮށް ފަސްކޮށްފައެވެ. 

ކުރީ ސަރުކާރުން ފަށާފައިވާ އަސާސީ ހިދުމަތުގެ ޕްރޮޖެކްޓްތަކާއި ތަރައްގީގެ އެތައް ޕްރޮޖެކްޓްތައް ހުއްޓާލުމާއި ލަސްކޮށް ފަސްކުރުމުން ޕްރޮޖެކްޓް ހިންގުމަށް ކުރެވުނު މަސައްކަތްތައް ބޭކާރުވެ މުދާތައް ހަލާކުވެ އަލުން އެމަސައްކަތް ކުރުމަށް އިތުރު ހަރަދުތައް ކުރަންޖެހި ފޫނުބެދޭ ވަރުގެ ބޮޑެތި ގެއްލުން ދައުލަތަށް މުއިއްޒުވަނީ ދީފައެވެ. މުއިއްޒު ހަދާ ގާނޫނުގެ ދަށުން އަސާސީ ހިދުމަތް ދިނުމަށް ހުރަސް އެޅުމުގެކުށުގައި އެންމެ ފުރަތަމަ ހައްޔަރު ކުރަންޖެހެނީ ވެސް މުއިއްޒެވެ. 

މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދައުލަތަށާއި އިގުތިސޯދަށް އެންމެ ބޮޑެތި ގެއްލުން މިހާރުވެސް ދެމުންދަނީ މުއިއްޒެވެ. ސަރުކާރު ހިންގަން ބޭނުންވާ ވަރަށްވުރެ މާގިނައިން ސިޔާސީ މަގާމު އުފައްދައިގެން ރައްޔިތުންގެ ފައިސާއިން މަހު މުސާރަދޭ އެތައް ހާސް ބަޔަކު މިހާރުވެސް އެބަތިއްބެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ނާޖާއިޒު ފައިދާ ނަގައިގެން ކޮންމެ މަހަކު އެތައް މިލިޔަން ރުފިޔާއެއް ބޭކާރު ބޯތަކަކަށް ހަރަދުކޮށް އިސްރާފުކުރާ ކުރުމަކީ އިގުތިސާދަށްދޭ ކުޑަ ގެއްލުމެއް ނޫނެވެ. އެސަބަބަށްޓަކާ އެކަނިވެސް މުއިއްޒު ހަދާ ގާނޫނުގެ ދަށުން މުއިއްޒު ހައްޔަރުނުކޮށް ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

]]>
Tue, 27 Oct 2026 10:55:09 +0500 މުއާޒު
ޔަހުދީންނާއި އަލައްބާރާ ދެކޮޅުހެދުން ކުށަކަށް ހަދަނީ https://heerasnews.com/4687 https://heerasnews.com/4687  ވަކި ދީނެއްގެ ނުވަތަ ވަކި ގައުމެއްގެ މީހުންނާ ދެކޮޅަށް ހިޔާލުފާޅުކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާ ދިނުމަށް އީގަލް ހިލްސްއިން އެދިއްޖެކަމަށް މައުލޫމަތު ލިބެއެވެ. ގާނޫނަކުން އެކަން ކަށަވަރުވެގެން ނޫނީ ރަސްމާލޭގައި ހިންގަން އެއްވެފައިވާ ޕްރޮޖެކްޓް ހިންގުމާ މެދު ދެވަނަ ވިސްނުމަކަށް އީގަލް ހިލްސްއިން ދާންޖެހިދާނެ ކަމަށްވެއެވެ. 

ރަސްމާލެގައި ތަރައްގީކުރާ މެގަ ޕްރޮޖެކްޓުން ތަންތަން ގަތުން ވަކި ދީނެއްގެ ނުވަތަ ވަކިގައުމެއްގެ މީހަކަށްވީތީ މަނާވާ ގޮތަށް ގާނޫނު ހެދުމާވެސް އީގަލް ހިލްސް ދެކޮޅެވެ. ވަކިގައުމެއްގެ މީހަކަށްވެގެން ނުވަތަ ވަކިދިނެއްގެ މީހަކަން ވެގެން ރަސްމާލޭގައި ހަދާތަންނުގަނެވޭ ގޮތަށް އޮތުމަކީ އީގަލް ހިލްސްގެ ވިޔާފަރިއަށް ލިބެނެ ބޮޑުގެއްލުމެކެވެ. 

އީގަލް ހިލްސްގެ ދެ ކަންބޮޑުވުންވެސް ވަނީ ޔާހޫދީންނާއި އިޒުރޭލާ ގުޅިފައެވެ. އިންސާނީ ހައްގުގެ ނަމުގައި ހުއްޓުވަން އެއުޅެނީ ޔަހޫދީންނާއި ޒަޔަނިސްޓުންނާ ދެކޮޅު ހިޔާލުފާޅުކުރުމެވެ. ކުށެއްގެ ގޮތުގައި ކަނޑައަޅައިގެންނެވެ.

ރަސްމާލެއިން ޔަހޫދީންނާއި ޒަޔަނިސްޓުންނަށް ތަންތަން ނުގަނެވޭ ގޮތަށް އަލައްބާރު ރަސްމާލެ ތަރައްގީއެއް ނުކުރާނެއެވެ. އަލައްބާރާއި ޒަޔަނިސްޓުންނާ ދެކޮޅަށް އިއްވޭ އަޑު ކަނޑުވާލުމަށް ރައްޔިތުންގެ މައްޗަށް ހިންގުމަށް ގާނޫނު ހަދާ ކުއްވެރިކޮށް ޖަލަށްލާ ނިޒާމުން ގެއްލުވާލައިގެންވެސް އަލައްބާރު ބޭނުން ވާނެއެވެ. އެގޮތަށް މަޖިލީހުން ގާނޫނެއް ފާސްނުކުރާހާ ހިނދަކު ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދާނެއެވެ.   

ރައީސް މުއިއްޒު އެހުރީ އަލަށްބާރު އެދޭގޮތަށް ގާނޫނު ހަދަން ދިމާކޮށްފައެވެ. ރައްޔިތުން ނިކުމެ މުއިއްޒު ހުއްޓުވަން ޖެހެއެވެ.             

]]>
Mon, 26 Oct 2026 17:27:51 +0500 މުއާޒު
މުއިއްޒުގެ ޕާކިސްތާނު ދަތުރު | އިންޑިއާ ގެ އިސްތިރާޖީ ކަންބޮޑުވުމެއް https://heerasnews.com/4683 https://heerasnews.com/4683 ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅެނީ "މޯލްޑިވްސް ފަސްޓް" ނުވަތަ "ދިވެހިރާއްޖެ އިސްކުރުމުގެ" ސިޔާސަތެއްކަމަށް ބުނެއެވެ. އެހެން ކަމަށްވާނަމަ މިއީ ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، ބައިނަލްއަގުވާމީ ގިނަ ބައިވެރިންނާއެކު ގުޅުން ބަދަހިކުރުމަށް އިސްކަންދޭ ސިޔާސަތެކެވެ. "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ވިސްނާނުލާ އަޅާ ފިޔަވަޅަކުން މުޅި ސަރަހައްދު ހަނގުރާމައިގެ މައިދާނަކަށް ވުމަކީވެސް ދުރުކަމެއް ނޫނެވެ. 

ކަޝްމީރު މައްސަލައާއި އިންޑަސް ވޯޓަރސް ޓްރީޓީ މައްސަލައަކީ އެޅޭ ކަތިފިޔަވަލަކުން މުޅި ސަރަހައްދު ހަނގުރާމައިގެ ވިލާގަޑެއްގެ ދަށުވެދާ ފަދަ ހައްސާސް ދެ މައްސަލައެވެ. ދެ މައްސަލަވެސް ގުޅިފައިވަނީ ޕާކިސްތާނާއި އިންޑިއާ ދެގައުމާއެވެ. ސާކް ހުއްޓި ހަރާކާތް ހުސްވެފައި އޮންނަނީވެސް ހައްސާސް އެ ދެމައްސަލައިގެ މޯހިރުގައެވެ. 

އަނެއްކޮޅުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޖިއޮޕޮލިޓިކަލް ވާދަވެރިކަން ދަނީ އިތުރުވަމުންނެވެ. ޗައިނާއިން ވަނީ ސްރީ ލަންކާއާއި ރާއްޖޭގައި ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތައް ހިންގައި، އޭގެ ނުފޫޒު ފުޅާކޮށްފައެވެ. މިއީ ނިއުދިއްލީން ކަންބޮޑުވާ ކަމެކެވެ. އެހެން އެކަން އޮއްވާ ރާއްޖޭން ޕާކިސްތާނާއެކު ދިފާއީ އަދި ކަނޑުގެ ސަލާމަތާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެގެން ދާނެކަމެކެވެ. 

ހާއްސަކޮށް ރައީސް މުއިއްޒު ވެރިކަމަށް އައީ އިންޑިއާ އައުޓް ކެންޕޭނެއްގެ ތެރެއިން ކަމަށްވެފައި ވެރިކަމުގެ ފުރަތަމަ ދެއަހަރު ރާއްޖޭގެ ސަރުކާރުން އަމަލުކުރި މުޑުދާރު ގޮތްތަކުން އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށް އިތުބާރު ގެއްލި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ލިބުނު ގެއްލުން ފޫބެއްދުމަށް ގިނަގުނަ މަސައްކަތްތަކެއްކޮށް އިންޑިއާ-ރާއްޖެ ގުޅުން ބޮޑުތަނުން ރަނގަޅުވެފައިވަނިކޮށް ރާއްޖޭން ޕާކިސްތާނާއެކު ދިފާއީ އަދި ކަނޑުގެ ސަލާމަތާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކުރުމަކީ ރައްކާތެރި ކަމެއްނޫނެވެ.

ޕާކިސްތާނާއި ރާއްޖެއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުން ދެ ގައުމުގެ ގުޅުން ފުޅާވެގެން ދިޔަ ނަމަވެސް، މިއީ ރާއްޖޭގައި ޕާކިސްތާނުގެ އަސްކަރީ މަރުކަޒެއް ގާއިމުކުރުން ކަމަކަށް ނުބެލެވެއެވެ. އެހެނަސް އެއްބަސްވުންތަކުގެ ދިގުމުއްދަތުގެ އަސަރުތައް އަދި އޮތީ ސާފުނުވެއެވެ.

ރާއްޖެއާއި ޕާކިސްތާގެ އެއްބަސްވުންތަކުގެ ސަބަބުން ދެމެހެއްޓެނިވި އަސްކަރީ އެއްބާރުލުމެއް އުފެދިގެންދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅިގެންދާނީ ކުރިއަށް އޮތް ތަނުގައެވެ. ރައީސް މުއިއްޒުގެ ޕާކިސްތާނު ދަތުރުފުޅަކީ އިންޑިއާ ކަނޑުގެ ސަރަހައްދީ ބާރުތަކުގެ މެދުގައި އޮތް ހަމަހަމަކަމަށް ދިގުމުއްދަތުގެ ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއްގެ ގޮތުގައި ބެލެވެއެވެ.  އެހެން އެކަން އޮތް އިރު އިންޑިއާއަށް އޮތް އެންމެ ބޮޑު އިސްތިރާޖީ ކަންބޮޑުވުމަކީ، އެ ގައުމުގެ ސަލާމަތަށް މުހިންމު ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދެއްގައި ޕާކިސްތާނުގެ ނުފޫޒު ފުޅާވެގެންދާ ދިއުމެވެ.              

]]>
Sun, 25 Oct 2026 14:15:58 +0500 މުއާޒު
ކަރޭޖް ދަ ކަވާޑްލީ ޑޯގް ގެ ބިރުވެރި ތިއަރީގެ ފަހަތުގައި ގެއްލިފައިވާ ދެމަފިރިން https://heerasnews.com/4677 https://heerasnews.com/4677
  • ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ، 1957 ވަނަ އަހަރު ދެމަފިރިއަކު އެމީހުންގެ ގެއިން ގެއްލުނެވެ. އެތައް އަހަރެއް ފަހުން، އިންޓަނެޓުގައި ފެތުރުނު ބިރުވެރި އަޑުތަކެއްގެ ސަބަބުން މި ހާދިސާ މަގުބޫލު ކާޓޫނަކާ ގުޅުވައިލެވުނެވެ.
  • ޓެކްސަސްގައި ހިނގި ހަގީގީ ހާދިސާއަކާ "ކަރޭޖް ދަ ކަވާޑްލީ ޑޯގް" ގުޅުވައިގެން އުފައްދާފައިވާ ހިތް ނުތަނަވަސް ކުރުވަނިވި ތިއަރީއެއް އިންޓަނެޓުގައި އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ. މި ވާހަކަ ބިނާވެފައިވަނީ، މާޗް 5، 1957 ގެ ރޭގަނޑު ނުވަތަ ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، އެލް ޕާސޯގައި ހުންނަ އެމީހުންގެ ގެއިން ގެއްލުނު ވިލިއަމް އަދި މާގްރެޓް ޕެޓަސަންގެ މައްޗަށެވެ.

    އުމުރުން 52 އަހަރުގެ ވިލިއަމް އަދި 42 އަހަރުގެ މާގްރެޓް ގެއްލުނުއިރު، އެމީހުންގެ އަމިއްލަ މުދަލާއި، ވެހިކަލްތަކުގެ އިތުރުން ލޯބިން ގެންގުޅުނު ބުޅާ ވެސް ދޫކޮށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކުއްލިއަކަށް އެމީހުން ގެއްލުމުން ތަހުގީގުކުރާ ފަރާތްތަކަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އެއިން އެއްވެސް މީހަކު ފަހުން ފެނިފައެއް ނުވެއެވެ. 1964 ވަނަ އަހަރު އެ ދެމަފިރިންނަކީ ގާނޫނީ ގޮތުން މަރުވެފައިވާ ބައެއް ކަމަށް ކަނޑައެޅުނު ނަމަވެސް، މި މައްސަލަ އޮތީ ހައްލެއް ނުލިބިއެވެ.

    އޭގެ އެތައް އަހަރެއް ފަހުން، އެ ގޭގެ ގޯތިތެރެއިން ލެޔާއި އިންސާނެއްގެ ކަމަށް ބެލެވޭ ކަށިތަކެއް ފެނުނު ކަމަށް ދުށް މީހަކު ރިޕޯޓްކުރުމުން، މިއީ ގަސްތުގައި މީހަކު ހިންގާފައިވާ ޖަރީމާއެއް ކަމަށް ޝައްކުކުރެވުނެވެ. ނަމަވެސް، މި ވާހަކަތައް އެހެން އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި އެ ދެމަފިރިންނަށް ވީގޮތެއް މިއަދާ ހަމައަށްވެސް ވަނީ ނޭނގުމެއްގެ ތެރޭގައެވެ.

    އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ވަނީ ޕެޓަސަން ދެމަފިރިންނާއި، "ކަރޭޖް ދަ ކަވާޑްލީ ޑޯގް" ގައި ފެންނަ ދުވަސްވީ ދެމަފިރިން ކަމަށްވާ މިއުރިއެލް އަދި ޔޫސްޓަސް ބެގްއާ ދެމެދު އެއްގޮތް ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައެވެ. ކާޓޫނުގައި ފެންނަ އެކަހެރި ދަނޑުވެރި ގެއާއި، އެތަނުގައިވާ ބިރުވެރި މާހައުލުގެ ސަބަބުން، ހަގީގަތުގައި ހިނގި މި ހާދިސާއަކީ އެ ކާޓޫން ކެރެކްޓަރުތައް އުފެއްދުމަށް ލިބުނު އިންސްޕިރޭޝަނެއް ކަމަށް ބެލެވެއެވެ.

    ނަމަވެސް، ކާޓޫނު ބިނާކޮށްފައިވަނީ ޕެޓަސަންގެ ހާދިސާގެ މައްޗަށް ކަމަށް ބުނާ އެއްވެސް ސާބިތު ހެއްކެއް ނެތެވެ. ހަގީގީ ދެމަފިރިން ގެއްލުނުއިރު ދޫކޮށްފައި ދިޔައީ ކުއްތާއެއްވެސް ނޫނެވެ، ބުޅަލެކެވެ. އަދި މި ޝޯ އުފެއްދި ފަރާތުންވެސް މިފަދަ އެއްވެސް ގުޅުމެއް ވާކަމަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

    ގާތްގަނޑަކަށް ހަތް ދިހަ އަހަރު ފާއިތުވެގެން ދިޔައިރުވެސް، ޕެޓަސަން ދެމަފިރިން ގެއްލުނު ހާދިސާއަކީ އަދިވެސް ހަގީގީ އަރަތެކެވެ. ނަމަވެސް، މިއީ އެ ކާޓޫން އުފެއްދުމުގެ އަސްލު ކަމަށް ބުނާ ވާހަކައަކީ މުޅިން ތަފާތު ވާހަކައެކެވެ. މިއީ ހަމައެކަނި އިންޓަނެޓުގައި ދައުރުވާ ފުލޯކު ވާހަކައެއްގެ ގޮތުގައި ދެމިއޮތް ކަމެކެވެ.

    ]]>
    Sat, 24 Oct 2026 12:58:15 +0500 މުއާޒު
    އަލައްބާރަށް ރަސްމާލޭން 500 ހެކްޓަރ ދިނީ މުއިއްޒަށް ގޮތްހުސްވެގެން https://heerasnews.com/4671 https://heerasnews.com/4671 ރަސްމާލޭގައި މެގަ ޕްރޮޖެކްޓެއް ހިންގުމަށް އަލަށް ބާރަށް ހުށަހެޅީ ރައީސް މުއިއްޒެވެ. ރާސްމާލޭގައި އީގަލްސް ހިލްސްއިން ހިންގަން އުޅޭ ބިޔަ މަޝްރޫއަކީ އީގަލް ހިލްސްގެ އިސްނެގުމެއް ނޫނެވެ. އަދި ހޮދު އަލަށް ބާރުގެ އިސްނެގުމެއް ވެސް ނޫނެވެ. އިތުބާރު ހުރި މަސްދަރުތަކުންނާއި ފެންނަން ހުރި ހަގީގަތް ތަކުން އެކަން ވަރަށް ސާފެވެ. 

    ބައިނަލް އަގުވާމީ ބިޑްކުރުމަކަށް ނުގޮސް ރާއްޖޭގެ ގާނޫނުތައް އެވަރުގެ ކަމަކަށް ތަންނުދެނީސް އަވަސް އަރުވާލައިގެން 500 ހެކްޓަރ ދޫކޮށް ލުމުގެ ފަހަތުގައި އޮތީ މުއިއްޒަށް ގޮތްހުސްވުމެވެ. ދައުލަތުން ފައިސާ ހުސްވެ ދޮޅިއެޅޭތީއެވެ. ދުވަހުން ދުވަހަށް ދައުލަތަށް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި ބަގުރޫޓުވުމާ ދިމާލަށް ގައުމު ދާތީއެވެ.

    ބޭރުގެ އެއްވެސް މާލީ އިދާރާއަކުންވެސް ގައުމަކުންވެސް ލޯނެއް ނުލިބޭތީއެވެ. އިންޑީއާއިން ކޮށްލާވަރުވެސް އެހެން ބަޔަކު ނުކުރާތީއެވެ. އިންޑިއާއި ދެނީ ކުރުމުއްދަތެއްގައި ދައްކާ ގޮތަށް ކިރިޔަކިރިޔާ ނޭވާ ލެވޭ ނުލެވޭވަރުގެ ފައިސާކޮޅެކެވެ. އެވެސް އޭގެ މަންފާ އެމީހުނަށް ލިބޭގޮތަށެވެ.

    އެމްއެމްއޭއަށް ބިންވިއްކައިގެންވެސް ސަލާމަތެއް ނުވެވުނެވެ. ބޮންޑެއް ގަންނާނެ ބަޔަކު ރާއްޖެއަކުން ނުވިއެވެ. ރާއްޖޭގައި ހުރިއްޔާ ހުރިި ބޭންކަކަށް ސަރުކާރު އޮތީ ދަރާވިކިފައެވެ. ސަރުކާރުގެ ހަރަދުތައް ފޫބައްދަން އުޅެއުޅެ އެސްއޯއީތައް ހުސްވެއްޖެއެވެ. ޕެންޝަންފަންޑް ނޮޅާލައިގެންވެސް މުއައްޒަފުންގެ ހަމަޖެއްސުނީ ދެ މަހެއްހާ ދުވަހުގެ މުސާރައެވެ. 

    އެއަރޕޯޓްސް ކުންފުނިން ކުންފުނި އުފައްދައިގެން ރަސްމާލެ ހިއްކަން ގެނައީ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޖައްރާފެވެ. އެމީހުން އެކަންކުރީ ލިއްލާހިއަށްޓަކައެއް ނޫނެވެ. ރަސްމާލެ ހިއްކަން ރާޖޫއާއި އެކުވީ އެއްބަސްވުން ބާތިލުކުރުމުގެ ބަދަލު ދިނުންގަނޑު ހިލެން ތައްޔާރު ވެއްޖެއެވެ. 

    ތެލާއި ކާޑާއި ބޭސް ގަނެވޭނެ ފަދަވެސް ދިޔައީ ނެތެމުންނެވެ. އިންޑިއާގެ ހޮސްޕިޓަލްތަކަށް އެތައް މިލިޔަން ޑޮލަރެއްގެ ދަރަނި ދައްކަން އެބައޮތެވެ. އެގޮތް މިގޮތަށް ވިއްކާފައި ހުރި ބޮންޑުތައް ދައްކަން ޖެހެއެވެ. ސަރުކާރަށް ހޯދާފައި ހުރި ހިދުމަތް ތަކަށާއި ގަނެފައިވާ މުދަލަށް އަގު ދެއްކޭނެ ގޮތެއް ނެތެވެ. ސަރުކާރުގެ ފީތަކާއި ޖޫރުމަނާތަކާއި ގިނަކޮށް ބޮޑުކުރިޔަސް ދާމޫގަނޑުގައި ވަރެއް ނުޖެހެއެވެ. 

    ބޮޑާކަމާ ހައިބަތު ދައްކަން އެންބަސީ ހުޅުވުމާއި އެތަންތަން ފުރާ ސިޔާސީން ލުމާއި ޑްރޯނާ ހަތިޔާރު ގަތުމާއި ފަލަސްތީނު އެއިޑް ބޮޑުކުރުން ފަދަ ނުފޯރާފޮތިން ފޫގެޅުމުން ނުވެ ނުދާނެ ގޮތްވީއެވެ. ތާއީދު ހޯދަން އެތައް ހާސް ބަޔަކަށް ވަޒީފާދީ މުޅި ދައުލަތް ގުނބު ހިލުޥާލުމުން އެކަމުން ސަލާމަތްވެވޭ ގޮތްނުވެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ.

    އަނެއްކޮޅުން ކުރިއަށް އޮތީ ރިޔާސީ އިންތިހާބެވެ. މުއިއްޒުގެ ރިޔާސީ ކެންޕޭނަށް ބިލިޔަނުން ފައިސާ ބޭނުންވެއެވެ. ދައުލަތުގައި އަތްފުނާ އަޅައިގެންވެސް ހޯދޭނެ އެއްޗެއް ނެތޭ ހިސާބަށް ދިޔައިމާ ބޮޑު ގަހެއްގެ ހިޔަލަށް ވަދެވޭތޯ އިސްނަގަން ޖެހުނީއެވެ. ޗައިނާއާއި އިންޑިއާއިން މުއިއްޒު ޖަހާހާ ބެރަކަށް ނުނަށާކަން މުއިއްޒަށް އެނގެއެވެ.

    ރަގަޅު ޑީލެއް ލިބޭތޯ ލައްކަ ސަކަރާތް މުއިއްޒު ޖަހައިފިއެވެ. ހުވަދު އަތޮޅުން 12 ފަޅުރަށް ދިގެން ފްލޯޓިން ޓާމިނަލް އެއަރޕޯޓެއް ތިނަދޫގައި އަޅަން އުޅެވުނީ ކަރުދާސް ކުންފުންޏަކާއެކުގައެވެ. ޑިވްލޮޕްމެންޓް ބޭންކް ހަދަން އުޅެގެން ވެސް ލިބުނީ ކެއްސެވެ. ދުނިޔޭގެ ފެންވަރުގެ ފިނޭންސަލް ސެންޓަރ ހަދަން އުޅެވުނީވެސް ފޭކް ޕްރިންސްއަކާއެކުގައެވެ. ފައިސާ ފޮއްޗެއް އޮތްކަމަށް ދައްކައިގެން އައި ކޮންމެ ބަޔަކަށް ވެސް  މެގަ ގަޑީލެއް މުއިއްޒު ދެއެވެ. އަލަށް ބާރާ ލައްވާލުމުން ދެން ކިހާވަރެއް ހުންނާނެހެއްޔެވެ.

    ދުވަހަކު ރަސްމާލެ ދިވެހިންނަށް ނުލިބުނަސް ކިތަންމެ ޔަހޫދީންނެއް ވަޒަންވެރިވިޔަސް ފަހުން ރާއްޖެއަށް އެއްޗެއް ލިބުނަސް ނުލިބުނަސް މުއިއްޒަށް ހެވެވެ. މިހާރުން މިހާރަށް މުއިއްޒު ބޭނުން ވަނީ ފައިސާއެވެ. ރަސްމާލެ ހިއްކުމުގެ އަގު ދައްކާލަދީ ރިޔާސީ އިންތިހާބުގެ ހަރަދުތައް އަލަށް ބާރު ހަމަޖައްސާ ދެނިކޮށް ނިމުނީއެވެ. އެހެން ނޫނަސް މުއިއްޒު ނަގަންވާ އިނީޝިއަލް ޕޭމަންޓް މީހަޜު އޮންނާނީ ނަގާ ކައި ހުސްކޮށްފައެވެ. އެހެން ކަމުން ރައްޔިތުން ނުރުހުނަސް އަލަށްބާރު ބޭނުން ގޮތަކަށް އަލަށްބާރަށް ރަސްމާލެ އަބަދުގެ އަބަދަށް އޮންނާނެއެވެ.  

    ]]>
    Tue, 20 Oct 2026 14:12:51 +0500 މުއާޒު
    ސަރުކާރުން ސިއްރުކުރާވަރަަކަށް އިންވެސްޓަރުންގެ އިތުބާރު ގެއްލޭ: ފައްޔާޒު https://heerasnews.com/4668 https://heerasnews.com/4668 ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ހޯދޭނީ ދެފުށް ފެންނަ އުސޫލުތަކާއި، ސާފު ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަންކަން ކުރެވިގެން ކަމަށް ކުރީގެ އިގުތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވެއެވެ. އެހެން ނަމަވެސް މުއިއްޒު ސަރުކާރުން އީގަލް ހިލްސްއާއެކު ސޮއިކޮށްފައިވާ 'ކޮމާޝަލް ޓާމްސް އެގްރީމަންޓް' ގެ އެއްވެސް ތަފްސީލެއް މިއަދާ ހަމައަށް އާންމުކޮށްފައި ނުވާ ކަމަށާއި އިންވެސްޓަރުގެ ޒިންމާތަކަކީ ކޮބައިކަމެއް، ބިން އަނބުރާ ދައުލަތަށް ލިބޭނެ ގޮތެއް ރައްޔިތުންނަށް އެގެން ނެތްކަމަށް ފައްޔާޒު ވިދާޅުވެއެވެ.

    މާލެއާ ކައިރިން 500 ހެކްޓަރުގެ އަގުބޮޑު ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ރަސްމާލެ މަޝްރޫއުގެ ދަށުން ވެފައިވާ އެއްބަސްވުމުގައި ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. ރަސްމާލޭގައި އީގަލް ހިލްސް ލައްވާ ހިންގާން އުޅެނީ "އާދައިގެ ފަތުރުވެރިކަމުގެ މަޝްރޫއެއް" ކަމަށް ސަރުކާރުން ސިފަކުރާއިރު، އާ ރިއަލް އެސްޓޭޓް ބިލެއްގެ ވާހަކަ ދައްކަވަނީ ކީއްވެގެންތޯ ސުވާލުކުރައްވަމުން ފައްޔާޒު ވިދާޅުވަނީ އީގަލް ހިލްސްގެ ހިސާބުތަކާއި ސަރުކާރުގެ ހިސާބުތައް ދިމާނުވާކަމަށެވެ. 

    އެހެން އެކަން އޮތް އިރު ރަސްމާލޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫއު ހިނގަމުން ދާނީ އެކުލަވާލަމުން އަންނަ ރިއަލް އެސްޓޭޓް ގާނޫނުގެ ދަށުން ކަމަށާއި މަޝްރޫއު ފެށުމުގެ ކުރިން ގުޅުންހުރި ގާނޫނުތައް މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށާއި ރިއަލް އެސްޓޭޓު ގާނޫނު ބޭނުން ވަނީ މިހާރު ރާއްޖޭގައި ނެތް ސިނާއަތެއް ތައާރަފުކުރަން މަސައްކަތް ކުރަމުން ދާތީ ކަމަށް ބަންޑާރަ ނައިބު ވިދާޅުވާކަން ފައްޔާޒު ފާހަގަ ކުރައްވައެވެ. 

    ޓޫރިޒަމް ޕްރޮޑަކްޓަކަށް ނުވާ ރިއަލް އެސްޓޭޓް މާކެޓެއް ރާއްޖޭގައި އުފެއްދެވުމުގެ މަސައްކަތް ކުރާކަމަށް އެއްކޮޅުން ސަރުކާރުން ބުނާއިރު މި ޕްރޮޖެކްޓަކީ ޓީޖީއެސްޓީގެ ގޮތުގައި ބޮޑު އާމްދަނީއެއް ވަންނާނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެއް ކަމަށާއި ސަރުކާރުން އެއްވެސް އަގެއް ނުނަގާ ރަސްމާލޭގެ 500 އަށް ވުރެ ބޮޑު ހެކްޓަރުގެ ސަރަހައްދެއް ދޫކޮށްލި ސަބަބަކީ ލިބެން އޮތް އާމްދަނީ ކަމަށް ބުނާކަން ފައްޔާޒު ފާހަގަކުރައްވައެވެ. އެހެންކަމުން، ރަސްމާލެ ޕްރޮޖެކްޓަކީ ޓޫރިޒަމް ނޫން ރިއަލް އެސްޓޭޓް މާކެޓެއް ތައާރަފުކުރާ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

    ސަރުކާރުން ދައްކާ ވާހަކައިގައި ހުރި ފުށުއެރުންތަކުގެ އިތުރުން، ހުށަހަޅާފައިވާ އަދަދުތަކުގައި ވެސް ބޮޑެތި މައްސަލަތަކެއް ހުރިކަން ފައްޔާޒު ފާހަގަކުރައްވައެވެ. ހަމައެއާއިއެކު ފައްޔާޒް ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ކުއްޔަށް ދޫކުރާ މުއްދަތާ މެދު އުފެދިފައިވާ އޮޅުންބޮޅުމެވެ. އީގަލް ހިލްސްގެ ފުރަތަމަ ބަޔާނުގައި ބުނެފައިވަނީ 99 އަހަރުގެ ކުލީގެ މުއްދަތު ކޮންމެ ފަހަރަކު ވިއްކާލާއިރު ނުވަތަ ވާރުތަވާއިރު އަލުން ފެށޭނެ ކަމަށެވެ. ފާޑުކިޔުން އަމާޒުވުމުން، އީގަލް ހިލްސްއިން ވަނީ ބަޔާނުން އެ ބައި އުނިކޮށްފައެވެ.

    އަލްބޭނިއާ އާއި ސާބިއާ ފަދަ ގައުމުތަކުގައި އީގަލް ހިލްސްއިން މަޝްރޫއުތައް ހިންގާއިރު، އެ ގައުމުތަކުގެ ސަރުކާރުން އެއްބަސްވުންތައް އާންމުކޮށް، ކުންފުނީގެ ހިއްސާވެސް ހޯދާފައިވާކަން އޭނާ ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވަނީ ދިވެހި ސަރުކާރުން މިކަން ކުރަނީ ނުހަނު ސިއްރުވެރިކޮށްކަމަށެވެ.

    ]]>
    Mon, 19 Oct 2026 10:54:46 +0500 މުއާޒު
    ސާޖީގެ ދެ އިނާޔަތުން އީޝަލްގެ މަހު އެއްޗެތިކޮޅަށް މުއިއްޒުގެ ކޮރަޕްޝަން https://heerasnews.com/4667 https://heerasnews.com/4667 އަޖައިބުވާ ވަރުގެ ވާހަކައެއް ނޫނެވެ. މާކުރިންވެސް އެކަން އޮންނާނީ އެހެންކަން އެނގެއެވެ. މައްސަލައިގެ އެއްކޮޅުގައި މިއަދު ހުރީ ޑރ. މުއިއްޒު ނަމަ އެކަމުގައި ކޮރަޕްޝަންގެ އަސަރެއްވެސް އޮތްކަމަކަށް އެންޓިކޮރަޕްޝަން ކަމިޝަނަކަށް ނުވާނެއެވެ. މަޖިލިސް މެންބަރުންނަށް ބައިލައްކަ ކީއްކުރަންހެއްޔެވެ. ބައިމިލިއަން ވެސް ދެނީ މުއިއްޒު ކަމަށް ވަންޏަކާ އެއްޔަކީ ކޮރަޕްޝަނެއް ނޫނެވެ. 

    ހައިރާނެއް ނުވެއެވެ. ވެރިކަމުގައި މުއިއްޒު ހުރިހާ ހިނދަކު މުއިއްޒަކަށް މުއިއްޒުގެ އައުވާނުންނަކަށް ކޮރަޕްޝަނެއް ނުހިންގޭނެއެވެ. އޭސީސީއަށް ކޮރަޕްޝަން ފެންނާނީ ސިޔާސީ ގޮތުން ސަރުކާރުން ބޭނުންވެގެން ދުވަސް ދުއްވާލަންޖެހޭ މީހުންނާއި ވާލެއް އިޔާރެއް ނެތް ނިކަމެތި މީހެއްގެ ފުށުންނެވެ. 

    އަޑު ހަރުކޮށް ދެއްކޭ ކޮރަޕްޝަނުގެ އެއްވެސް ވާހަކައެއް އޭސީސީއަކަށް ނުއިވޭނެއެވެ. ނުވެސް ދެނެހުންނާނެއެވެ. މީހަކު ހުށަހެޅިއަސް އެއަކުން ކޮރަޕްޝަނެއް ފާހަގައެއް ނުކުރެވޭނެއެވެ.

    އިދިކޮޅު ޕާޓީން އެއްފަހަރާ 13 މެންބަރުން ޕީއެންސީއަށް ބަދަލުވި ބަދަލުވުންވެސް ވެނިމުނީ އިއްތިފާގަކަށެވެ. ރިޝްވަތެއް ހިޔާނާތެއް ކޮރަޕްޝަނެއް އެކަމުގައި ނޯންނާނެއެވެ. ވޯޓު ގަންނަން ބެހިހާ ފައިސާވެސް އެއީ ކޮރަޕްޝަނެއް ނޫނެވެ. ދެވޯޓު އެއްކޮށްލަން ނެގި ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނުވަން ސަރަނގޭ އާއި ޖާބިރާ މުހައްމަދު ޝިހާބު ކަހަލަ އެތައް ބަޔަކަށް ރިޝްވަތުދީ ކޮރަޕްޝަން ހިންގި ކަމަކަށް ވެސް ނުވާނެއެވެ. 

    މުއިއްޒުގެ ވެރިކަމުގެ ދިފާއުގައި މަސައްކަތްކުރާ ޝުޖާއުއާއި ފަލާހުމެންނަކަށް ވެސް ކުށެއް ނުކުރެވޭނެއެވެ. ރަސްމާލެ ހިއްކުމަށް ރާޖޫ އާއިއެކު ހިންގި އެއްވެސް ޖަރީމާއެއްވެސް ޖަރީމާއަކަށް ނުވާނެއެވެ. ތިލަފުށީ ޕޯޓް ތަރައްގީ ކުރުމުގެ ނަމުގައި ޕިލިޕިންސް ކުންފުންޏަކާއެކު ސޮއިކުރި އެމްއޯޔޫއާއި ޢޭގެ ފަހަތުގައި އޮތް އެއްބަސްވުން ބާތިލުކުރުމުން މިލިޔަނުން ދިން ޑޮލަރ ވެސް ކޮރަޕްޝަނަކަށް ނުވާނެއެވެ. 

    އައްޑޫ ސިޓީގެ ކަރަންޓް ވިއުގަ ރަގަޅުކުރުމުގެ ނަމުގައި ހިންގި ބޮޑު ޖަރީމާވެސް ކޮރަޕްޝަނަށް ވާނެ ގޮތަކީ ނެތް ގޮތެކެވެ. ތިނަދޫ ފްލޯޓިންގ ޓާރމިނަލް އެއަރޕޯޓާއި އެޢައި ގުޅުވާ ކަރުދާސް ކުންފުންޏަކަށް ދިން 12 ރަށުގައިވެސް ކޮރަޕްޝަނެއް ނުއޮންނާނެއެވެ. ފަޒްލު ރަޝީދު އެޗްޑީސީގައި ހިންގާލި ބޮޑެތި ޖަރީމާތަކާވެސް ކޮރަޕްޝަން ކުޑަބޭރުވެސް ނުލައެވެ. ހިޔާ ފްލޭޓްގައި ލިފްޓް ހަރުކުރުން ގަނޑުވެސް އެއޮތީއެވެ. މަދަނީ އަބްލޯގެ ގޭސް ޝިޕްމަންޓް ވީތަނެއް ނޭނގެއެވެ. 

    ފަންޑް މެނޭޖުމަންޓް ކުންފުންޏާއި ޑިވްލޮޕްމެންޓް ބޭންކްގެ ތެރޭން ހިންގާފައިވާ އެއްވެސް ޖަރީމާއަކީ ޖަރީމާއެއް ނޫނެވެ. ވިޓޯލް ކުންފުންޏާއެކު ބަންކަރިންގެ ނަމުގައި ދަވާލާ ދަވާލުމުގައިވެސް ކޮރަޕްޝަނުގެ އަސަރުވެސް ނެތެވެ. ބާރަށު ޝުޖާގެ އިވެންޓް މެނޭޖުކުރުން ގަނޑުގައިވެސް ކޮރަޕްޝަނެއް ނުއޮންނާނެއެވެ. ސާޖިދާއަށް ސިވިލް ސާރިވިސުން އިނާޔަތާއި މަހާރެހެންދި އިނާޔަތުން ފެށިގެން އީޝަލްއަށް ފޮނުވި މަހު އެއްޗެތިކޮޅާ ހަމައަށް ކޮރަޕްޝަން ހިންގިޔަސް ވަރިހަމަތާއެވެ.

    ވެރިކަމުގެ އާރާ ބާރުގައި ހުރުމުން މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ ކޮރަޕްޝަނެއް އޭސީސީއަކަށް ނުފެންނާނެއެވެ. ދެރައީ ވެރިކަން ވެއްޓޭއިރަށް ކޮރަޕްޝަންތައް ކެކިއަރާ މަހާނަ މައްޗަށް މަޑިއަށްޖެހެން އޭސީސީ ދަތްފަޅާތީއެވެ.

    ]]>
    Sun, 18 Oct 2026 16:51:52 +0500 މުއާޒު
    ރަސްޑީލަކީ މުއިއްޒު އަލަށްބާރު ހޯދައިގެން ހިންގާ އަޑި ނޭނގޭ ސްކޭމެއް https://heerasnews.com/4662 https://heerasnews.com/4662 ރަސްމާލެ އަލަށްބާރުގެ އީގަލް ހިލްސްއަށް ދީގެން ހިންގަންއުޅޭ މަޝްރޫޢުގެ މުހިންމުކަން ފެންނާނީ ކުރެހުންތަކުގެ ފުރިހަމަ ކަމަކުން ނޫނެވެ، އިމާރާތްތަކުގެ ރީތި ކަމަކުންވެސް ނޫނެވެ. ކުރެހުންތަކަކީ ހަގީގަތެއް ނަމަ މިއަދު ދިވެހިރާއްޖެ ފަދަ ތަނެއް މުޅި ދުނިޔޭގައިވެސް ނެތުން ގާތެވެ. ސަރުކާރަކުން ހަދާ އެއްބަސްވުން ތަކުން، ނިންމާ ނިންމުންތަކުގެ ސަބަބުން  މާދަމާގެ ޖީލުތަކުގެ ހައްގުތަކާއި ގައުމުގެ ސިޔާދަތަށާއި ހަމަހިމޭން ކަމާއި އަމިއްލަ ވަންތަކަމަށް އަދި ދިވެހީން ފަހުރުވެރިވާ އިސްލާމް ދީނަށް ގެއްލުމެއް ނުވާނެކަން ޔަގީންކުރުމަކީ ދައުލަތުގެ މަސްއޫލިއްޔަތެކެވެ.

    މިއަދުގެ ނިންމުންތަކުގެ އަސްލުވެރީންނަކީ މާދަމާގެ ޖީލުތަކެވެ. މިއަދުގެ ނިންމުންތަކަކީ މާދަމާ ދިވެހިރާއްޖެ އޮންނާނެ ގޮތުގެ ތަސައްވަރެވެ. ދިވެހީން ކުރަނީ އަމިއްލަ ވަންތަ ދިވެހީންގެ ދިވެހިރާއްޖެ އަކަށް ވުމުގެ އުންމީދެވެ. އެހެންކަމުން އަލަށްބާރަށް ދައުލަތުން ދޭ ބިމުގެ އަގާއި، ލިބޭ ފައިދާއާއި، އުފުލަންޖެހޭ ހަރަދާއި، އަންނަން އޮތް ޖީލުތަކަށް ދެވޭ ގާނޫނީ ހިމާޔަތާއި ގައުމީ މަސްލަހަތާއި އިސްލާމީ އަގީދާ ގެ ސާބިތުކަން ދެމެހެއްޓުމުގެ ރޭވުންތައް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހެއެވެ.

    ދައުލަތުން 500 ހެކްޓަރު ބިން އީގަލް ހިލްސްއަށް ދެނީ ކޮން އަގަކަށް، ކޮން ޝަރުތުތަކަށްތޯއެވެ. އެ ޝަރުތުތަކާއި ހިލާފު ވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކަކީ ކޮބާތޯއެވެ. ބިން ހިއްކުމުގެ ހަރަދު ދައްކާނީ ކޮންފަރާތަކުންތޯ،އެވެ. އެސަރަހައްދުން ހިއްކަން ނިންމާފައިވާ 1153 ހެކްޓަރުން ނުހިއްކާ އޮތް ބަޔަށް ވާނީ ކިހިނެތްތޯއެވެ. ރަސްމާލެ ހިއްކުމުގެ މުގާބިލުގައި ކުރިން ދޭން ވައުދުވެ އެއްބަސް ވެފައިވާ ބިންތަކުގެ ތަފްސީލަކީ ކޮބާތޯއެވެ.

    ރަސްމާލެއިން 500 ހެކްޓަރގެ ބިން ތަރައްގީކުރަން ބައިނަލްއަގުވާމީ ޓެންޑަރެއް ހުޅުވާނުލީ ކީއްވެތޯއެވެ. 500 ހެކްޓަރ ބިން ދިނުމަށް ކަނޑައެޅި ޝަރުތުތަކަކީ ކޮބާތޯއެވެ. އެހާ ބޮޑު މަޝްރޫއެއް ޝަތުރުތަކާއި އެކު އެއްވެސް ހިސާބެއްގައި ބޭރުގެ ޓެންޑަރަށް ހުޅުވާލިންތޯ،އެވެ. ބައިނަލް އަގުވާމީ ބިޑަށް ހުޅުވާ ނުލާނަމަ އެކަން ކުރުމަށް އޮތް ހުރަހަކީ ކޮބާތޯއެވެ.

    ރަސްމާލެ އިން 500 ހެކްޓަރ ބިން ދީގެން ދައުލަތަށް 5000 ފްލެޓް ހިލޭ ލިބެނީތޯއެވެ. ނޫންނަމަ ދައުލަތުން 500 ފްލެޓަށް ކިހާ ފައިސާއެއް ދައްކާނެތޯއެވެ. އެ ބިމުގެ ކުލި ދައްކާނީ ކޮން ފަރާތަކުންތޯއެވެ، މި ފަދަ މަޝްރޫއެއް ދިވެހީންނަށް އެ ޝަރުތުތަކާއި އިނާޔަތްތަކާއި އެކު ހުޅުވާނުލީ ކީއްވެގެންތޯއެވެ.

    އިގަލް 20 ބިލިއަން ޑޮލަރުގެ ކިހާ މިންވަރެއް ރާއްޖެއަށް (ބޭންކްތަކަށް) ވަންނާނެތޯއެވެ. ދައުލަތަށް ލިބޭނީ ކިހާ މިންވަރެއް ކޮން އިރަކުން ތޯއެވެ.

    ރަސްމާލޭ ގެ ޕޮލިސް، އިންޓެލިޖެންސް، އެމް.އެން.ޑީ.އެފް، ކަސްޓަމްސް، އިމިގްރޭޝަން، ކޯޓު އަދި ކައުންސިލް ހިދުމަތްތަކުގެ ހަރަދުތައް އަދާކުރާނީ ކޮން ފަރާތަކުންތޯއެވެ، އެކަމުގެ ހަރަދު ބެލެހެއްޓުމުގެ އިންތިޒާމަކީ ކޮބާތޯއެވެ.

    ބޭރުގެ ޕްރޮޕަޓީ ވެރިންނަށް ދޭ ރެސިޑެންސީއާއި ދީނީ އަމަލުތައް ދިވެހި ދުސްތޫރާއި ގާނޫނާ އެއްގޮތްވާނެ ކަން ޔަގީންކުރާނީ ކިހިނެއްތޯއެވެ. ރަސްމާލެ މަޝްރޫޢުގެ ނަފާއިން އެ ސަރަހައްދަށް ހަރަދެއް ކުރާނެ ނަމަ ހަރަދު ކެނޑުމަށްފަހު ލިބޭ ފައިދާއިން ސަރުކާރުގެ ހަރަދުތައް ކެނޑުމަށްފަހު، އަހަރަކު ދައުލަތަށް ލިބޭ ސާފު ފައިދާ އަކީ ކޮބާތޯއެވެ

    20 ނުވަތަ 30 އަހަރުގެ ފަހުން ރަސްމާލެއިގެ އިދާރީ ބާރާއި ބިމުގެ ހައްގުތައް އޮންނާނީ ކޮންބައެއްގެ އަތުގައިތޯއެވެ. ދިވެހީން މިހާރު އަމަލު ކުރަމުންދާ އިސްލާމީ ސިފައަށް އައިސްދާނެ ހުރަހަކަށް ތައްޔާރުވެފައިވާ މިންވަރަކީ ކޮބައިތޯއެވެ. މިނިންމުންތަކުގެ އަސަރު ކުރާނީ މިއަދުގެ ވެރިންގެ ނިންމުންތަކުގައި ބައިވެރި ނުވާ އަދި މިއަދު ދުނިޔާގެ އަލިކަންވެސް ނުދެކޭނެ ބައެއް،ކަމުން އެ ޖީލުތަކަށް މި ސަރަހައްދުގެ ސަބަބުން ދިވެހީންގެ 900 އަހަރުވީ އިސްލާމީ ތަނބުތަކަށް އަސަރެއް ނުކުރާނެ ކަން ކަށަވަރުކޮށް އެ ޖީލުތަކަށް އިސްލާމީ ގައުމެއްގެ ނިދާގައި އެސަރަހައްދު އޮންނާނެ ކަމުގެ ޔަގީން ކަމަކީ ކޮބާތޯއެވެ.

    މަޝްރޫޢު 10 ނުވަތަ 20 އަހަރުގެ ފަހުން ފެއިލްވެއްޖެނަމަ، ދައުލަތަށް ބިން އަނބުރާހޯދުމަށް ގެންގުޅޭނެ ޕްލޭނާއި ގާނޫނީ ހުއްޖަތަކީ ކޮބާތޯއެވެ. ދައުލަތުން ބަދަލުގެ ގޮތުގައި ފައިސާއެއް ދައްކަންޖެހޭނެ ނަމަ، ދައްކަންޖެހޭނީ ކިހާ ފައިސާއެއްތޯއެވެ.

    ]]>
    Fri, 16 Oct 2026 12:23:26 +0500 މުއާޒު
    ފޭސް ދޭކުން ވަކިކުރިތަނާ މުއިއްޒުގެ ޅޮސް އުނދޯލި https://heerasnews.com/4652 https://heerasnews.com/4652 ރައީސް މުއިއްޒު ރައްޔިތުން ގަޅަހައްދާ ގޮތުގެ ހަގީގީ މަންޒަރ އެންމެ ރަގަޅަށް ކުރައްސަވާލު ދެއްވެވި އެއް ބޭފުޅަކީ މަޝްހޫރު ނޫސްވެރިޔާ އަލީ ސުލައިމާނުއެވެ.  ސާފު ފަށުވި އިބާރާތުން އޭނާގެ ފޭސްބުކު އެކައުންޓުގައި ލިޔުއްވާފައި ލިޔުއް  ވުމަކީ ކިޔާނުލާ ދޫކޮށްލަން ވާވަރުގެ ލިޔުއްވުމެއް ނޫނެވެ

    އެހެންކަމުން އަކުރުން އަކުރަށް އެލިޔުން ނަކަލު ކޮށްލުން މުހިއްމު ވެއްޖެއެވެ. ރައްޔިތުންގެ ލޯތައް ހުޅުވާލުމަށެވެ. އުފައްދަވާ އެ ސުވާލުތަކަށް ޖަވާބު ހޯދުމަށެވެ.

    އަލީ ސުލައިމާނު ވިދާޅުވަނީ " މި ސުވާލުތައް ކުރީމާ، ސަރުކާރާއި ދެކޮޅުވުމުގެ ޓެގް އަޅުވަންވީ ކީއްވެހެއްޔެވެ؟ މިއީ ހަދައިގެން ދައްކާ ދޮގުވާހަކައެއް ނޫނެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުންވެސް ލިބެން ހުރި މައުލޫމާތެވެ.

    ތިޔަ ފެންނަނީ އެއްތަނެއްގައި ހިންގަން މިސަރުކާރުން ނިންމި ބިޔަ ބޮޑު މަޝްރޫޢުތަކުގެ ކުރެހުންތަކެވެ.

    އެންމެ ފަހުން އިއްޔެ އޭއައި ވީޑިއޯއަކުން ދައްކާލީ އީގަލްސް ހިލްސްއިން އަޅައިދޭނެ ކަމަށް ބުނާ 5000 ފްލެޓް ހުންނާނެ ގޮތާއި އެފްލެޓްތައް ހުންނާނޭ ތަނެވެ. އެއީ ހުޅުމާލެ ފޭސް 2ގެ އެންމެ އުތުރުން ވަކިކޮށްފައިވާ ސަރަހައްދެވެ.

    އެތަނުގައި އެންމެ ފުރަތަމަ އެޗްޑީސީން އިއުލާނު ކުރީ "ކޮމާޝަލް ސްޕައިން"ގެ ނަމުގައި އެތަން ތަރައްޤީކުރުމަށެވެ. އޭގެ ފަހުން، 4 މެއި 2025ގައި ހަމަ އެތަނުގައި 8 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ތެރެއިން ފައިނޭންޝަލް ސެންޓަރެއް އަޅަން އޭއައި ވީޑިއޯތަކާއި ކުރެހުންތައް ދައްކާލިއެވެ. އޭގެ ފަހުން އިއްޔެ މި ދައްކާލީ ހަމަ އެތަނުގައި އީގަލްސް ހިލްސްއިން 5000 ފްލެޓް އެޅީމާ ހުންނާނެ ގޮތެވެ.

    އަސްތާއެވެ! އެއީ މީގެ 3000 އަހަރު ކުރިން ބާބިލްގެ އެލުވިފައިވާ ބަގީޗާތައް ހުރިގޮތަށް އިމާރާތް ކުރާ ތަނެއް ބާވައެވެ. އެއްވެސް މަޝްރޫއެއް ކެންސަލް ނުކޮށް އެއް ބިމެއްގައި ބޮޑު ތިން މަޝްރޫއެއް މިހިންގަން އުޅެނީ ކިހިނެއް ބާވައެވެ؟

    • ފުރަތަ މަޝްރޫޢު:

    ކޮމާޝަލް ސްޕައިން - އެޗްޑީސީ

    މި މަޝްރޫޢު އިޢުލާނު ކުރީ އެމްޑީޕީގެ ވެރިކަމުގައި، 2023 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި އެތަނުން އޭރު އަމިއްލަ ކުންފުނިތަކަށް، ހޮޓާތަކާއި ގެސްޓްހައުސްތައް ތަރައްގީކުރުމަށް ބިން ވިއްކިއެވެ. 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، އެޗްޑީސީގެ މިމަޝްރޫޢު ހިންގުމަށް ޗައިނާގެ ކުންފުންޏަކާއި އެކު އެއްބަސްވުމުގައި ސޮއިކުރިއެވެ. އަދި އެޑްވާންސަށް އެކުންފުންޏަށް 7.5 މިލިއަން ޑޮލަރު ދިނެވެ.

    • ދެވަނަ މަޝްރޫޢު:

    މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ 

    8 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ކަމަށް ބުނެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރ ގާއިމްކުރަންވެސް ސަރުކާރުން ކަނޑައެޅީ ހަމަ މިތަނެވެ. ބޮޑު ރަސްމިއްޔާތެއް ބާއްވައި އެކަމާއި ގުޅޭ ގިނަ އެއްބަސްވުންތަކުގައި ސޮއިކުރީ 4 މެއި 2025 ވަނަ ދުވަހުގެ ރޭގައެވެ. އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ އެކު ދިވެހި ސަރުކާރުން ރަސްމީ އެއްބަސްވުންތަކެއްގައި ސޮއިވެސް ކުރިއެވެ. 

    • ތިންވަނަ މަޝްރޫޢު.

    އީގަލް ހިލްސްއިން އަޅައިދޭ 5000 ފްލެޓް

    އީގަލް ހިލްސްއިން އަޅައިދޭ 5000 ފްލެޓް އަޅާތަނަކީ، އެންމެ ފުރަތަމަ، އެޗްޑީސީގެ ކޮމާޝަލް ސްޕައިން، އަދި އޭގެ ފަހުން ފައިނޭންޝަލް ސެންޓަރުވެސް އަޅަން އުޅުނު ބިމެވެ.

    މިކަން އިއުލާނު ކުރި އިރު، އެންމެ ފުރަތަމަ އެތަނުން ބިންގަތް ދިވެހި ކުންފުނިތައް ތިބީ ވާނުވާ ނޭނގިފައެވެ. އެ މީހުންނަށް ވިއްކާފައިވާ ބިންތައް ފައިނޭންޝަލް ސެންޓަރު އަޅަން އުޅުނު ދުވަސްވަރު އަތުލާންވެސް އުޅުނެވެ. އެކަމަކު އަތު ނުލެވި އޮތީއެވެ.

    މިހާރު އީގަލް ހިލްސްއިން ފްލެޓް އަޅަން އެތަން ދޭނަމަ، އެޗްޑީސީގެ ކޮމާޝަލް ސްޕައިން މަޝްރޫއު ހިންގުމުގެ ތެރެއިން އެތަނުން ބިންގަތް މީހުންގެ ބިންތަކަށްވެސް ވާނެ ގޮތެއް އޮތީ ހަމަ ސުވާލުތަކެއްގެ ތެރޭގައެވެ.

    ވީމާ، ކޮމާޝަލް ސްޕައިން މަޝްރޫއަށް ވީ ކިހިނެއްހޭ؟ އެމަޝްރޫޢުގެ އެޑްވާންސް ފައިސާގެ ގޮތުގައި، ދިން 7.5 މިލިއަން ޑޮލަރަށް ވީ ކިހިނެއްހޭ؟ މޯލްޑިވސް ފައިނޭންޝަލް ސެންޓަރު އަޅަން ވީ އެއްބަސްވުންތަކަށް ވީ ކިހިނެއްހޭ؟ ސުވާލު ކުރުމަކީ، ސަރުކާރާއި ދެކޮޅު ވުމެއް ނޫނެވެ.

    މިއީ ކުރަންޖެހޭ ސުވާލެވެ. ދައްކަން ޖެހޭ ވާހަކައެވެ. ރުހޭ މީހަކު ރުހޭށެވެ. ނުރުހޭ މީހަކު ނުރުހޭށެވެ. އަހަރެން މިވާހަކަ ދައްކާނަމެވެ. " 

    ]]>
    Mon, 12 Oct 2026 08:35:13 +0500 މުއާޒު
    އަބުޗާ ދޫކޮށްލީ ރަސްމާލޭގެ އަޑު ކަނޑުވާލުމަށް! https://heerasnews.com/4646 https://heerasnews.com/4646 އާއްމުގޮތެއްގައި ދިވެހިންގެ ތެރޭގައި ވާހަކައެއް ދެއްކެވޭނީ ގިނަވެގެން ތިން ހަތް ދުވަހުއެވެ. އެއަށް ވުރެ އަވަހަށް ވާހަކައެއް އޮއްބާލަން ބޭނުން ވެއްޖެ ނަމަ ޖެހޭނީ އެއަަށްވުރެ ބޮޑު އެހެން ގޯހެއް ހަދާށެވެ، ރައީސް މުއިއްޒު ހުރީ ދިވެހީންގެ އެއާދަ ނިކަން ރަގަޅަށް ދަސްކޮށްގެންނެވެ. ފުލުފުލުގައި އެއް ގޯހަކަށް ފަހު އަނެއް ގޯހެއް ހަދަމުން ވާހަކަ އޮއްބަމުން ވެރިކަމުގެ ދައުރެއް އެހުރެ ނިންމަނީއެވެ.

    ގޯސް މައްޗަށް ގޯސް ހަދަމުންދާ އިރު އެއިން އެއްވެސް ގޯހެއް ހައްލެއް ނުކުރެއެވެ. ފޯކަސް ބަދަލުކޮށްލައިގެން ކޮންމެ ވާހަކައެއްވެސް ހިންދާލަނީއެވެ. މުއިއްޒުގެ ވެރިކަމުގައި ހެދި ގޯސްތަކުގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. އާއްމު ގޮތެއްގައި ރައީސް މުއިއްޒު ހަދާ ބޮޑެތި ގޯސްތަކުގެ އަޑު ކަނޑުވާލަނީ އެހެން ގޯހެއް ހަދައިގެންނެވެ. 

    ހަނދާން އައުކޮށްލާށެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެނީސް ހުވާކުރުވި 3 ވަޒީރުންގެ މައްސަލަ ވެދިޔަ ގޮތެއްވެގެން ދިޔައީއެވެ. ފަސްޓްލޭޑީ ގެ ސިވިލް ސާވިސް ވަޒީފާ ގާނޫނާ ހިލާފަށް ހަލާލުކޮށްލީއެވެ. ރެއަކަށް އިރު އޮއްސިފައި އިރުއެރިއިރު  އިދިކޮޅު ޕާޓީން 13 މެންބަރުން ބަދަލުކޮށްލި ގޮތް ހަނދާން ވޭހެއްޔެވެ.

    ދިމްޔާތުން މެންބަރުނަށް ބެހި 50 ހާހުގެ ވާހަކަ ކޮބައި ހެއްޔެވެ. ބޭންކް އޮފް މޯލްޑިވްސްގެ ބަގާވާތް މަތިން ހަނދާން އެބަހުރި ހެއްޔެވެ. ޔުމްނު މައްސަައާއި ޝާހީ ޒުވާނުންގެ ޕާޓީ ކުރުންގަނޑު ދިޔަގޮތް ހަނދާންވެސް ނެތެވެ. 

    ރާޖޫ މާލެ ހިއްކަން ބާޓާ އުސޫލުން ދިންހާ ބިންތަކަށް ވީއެއް ނުވީއެއް ނޭގުނެވެ. އެޗްޑީސީއަށް ފުލުހުން ވައްދާ އެތާނގެ ބޯޑު އުވާލާ ބަލަންފެށި ބިޔަ ބޮޑު ކޮރަޕްޝަން މައްސަލަ ފަޒުލު ރަޝީދާއެކު ވަޅުޖައްސާލުން ކިހާ މޮޅުހެއްޔެވެ. އެމްއެމްއޭއިން ޕޮލިހަށް ފޮނުވި ޝުޖާގެ މަނީ ލޯންޑަރިން ވީ ހިސާބެއް ނޭގެއެވެ. 

    ސަމޯއާ އެގްރީމަންޓްގައި ސޮއިކޮށް އެލްޖީބީޓީކިއުއަށް ރުހުން ދިންކަންވެސް ހަނދާނެއް ނެތެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ނުކުރާން ގަދަފައި ވިއްދާ ފަހަތު ފަޔަށް ބުރަވެ ދިގު ދަންމާލި ކަން ދެނަހުރީ ކާކުހެއްޔެވެ. އައިޑީ ކާޑުން ވައްކަންކޮށްގެން ޕާޓީ ބޮޑުކޮށްލިގޮތް ކިހާ މޮޅުހެއްޔެވެ.

    ދޮންއަމާއަށް އެވޯޑް ދީގެން މީޑިއާ ކައުންސިލަށް ވަދެގަތް ހަނދާން ހުރިކަމެއްވެސް ނޭނގެއެވެ. ބެލްކަނި ރިޕޯޓާއިއެކު ކޮންޓްރޯލް ކޮމިޝަން އުފަންވެގެން އައިގޮތްވެސް އޮބިގެން ދިޔައީ މީޑިއާތައް ކަސްތަޅު އެޅިގެންނެވެ. 

    މެންބަރުން އޮބިއަޅުވާ ސްޕްރީމް ކޯޓުން ފަނޑިޔާރުން އުކާލިކަން ދެނެހުރި މީހަކު ނެތް ކަހަލައެވެ. އަތޮޅު ކައުންސިލްތައް އުވާލާ ކައުންސިލްގެ އިހުތިސާސުން ބޭނުން ބައެއް ނަގަން ނިންމާލީ ދޮންކަޅުއަންގާ ނުލައެވެ. ޑޮލަރުން މުއާމަލާތުކުރުން ކުށަކަށްވެ ރިސޯޓްތަކުގެ އާމްދަނީ މާރުކުރަން ޖައްސާ ތުއަރއޮޕެރޭޓަރުން އަތުން ޓެކްސް ނަގަން ޖައްސާ އެއަޑުވެސް ކަނޑުވާލީއެވެ.  

    ގާތްވަން ސިހުރު ހަދައިގެން ޖަލަށްލީ ކިރުމައިކަމަނާގެ ވާހަކަވެސް ނީވެއެވެ. ނޫސްވެރިން ޖަލަށްލާ ގެގް އޯޑަރަކުން އެލްސޯފާގެ އަޑު ކެނޑިއްޖެއެވެ. 

    ގަސްދުގައި ހަދާފައިވާ ބޮޑެތި ގޯސްތަކުން ބުނެވި މިދިޔައީ ދާދި ކުޑަ މިންވަރެކެވެ. އެއްބަސްވުންތަކާ ހުވާތަކާ ވައުދު ތަކުގެ ވާހަކަ ބާއްވަމާހެއްޔެވެ. އެންމެ ފަހުން ރަސްމާލެ އައްބާރަށް ދީފާ އެކަމުގެ އަޑު ކަނޑުވާލުމަށް އެދޫކޮށްލީ އަބުޗާއެވެ. 

    ]]>
    Thu, 08 Oct 2026 05:10:48 +0500 މުއާޒު
    ފޮރިންސިކް ދަރިވަރަކު ރަހުމުކުޑަކޮށް އަންހެނަކު މަރާލައިފި https://heerasnews.com/4644 https://heerasnews.com/4644 އެމެރިކާގެ މަޝްހޫރު ޑްރާމާ ސިލްސިލާ "ޑެކްސްޓަރ" އަށް ހިތްޖެހިފައިވާ، ފޮރެންސިކް ސައިންސް ކިޔަވަމުންދިޔަ ދަރިވަރަކު، ސޭންޑްވެލް އިން ކުއްޔަށް ހިފާފައިވާ ކޮޓަރިއަކަށް އަންހެނަކު ގެންގޮސް ވަރަށް ރަހުމްކުޑަގޮތަކަށް މަރާލިކަމަށް އިއުތިރާފުވެއްޖެއެވެ.

    ބެންޖަމިން ޑޭ ނަމަކަށް ކިޔާ މި މީހާ ވަނީ "ޑެކްސްޓަރ" ސިލްސިލާއަށް އިންތިހާއަށް ޝައުގުވެރިކަން އުފެދި، އުމުރުން 24 އަހަރުގެ މާރިއާ ސަސޭނޫ ކޮޓަރިއަކަށް ގެންގޮސް، ޕްލާސްޓިކް އަޅާފައިވާ އެ ކޮޓަރީގައި އޭނާއަށް ވަޅިން ހަމަލާދީ މަރާލާފައެވެ.

    ރެޑިޗްގެ ޔޭޑަން ކްލޯސްއަށް ނިސްބަތްވާ، އުމުރުން 20 އަހަރުގެ ޑޭ އަކީ ޔުނިވަރސިޓީގައި ފޮރެންސިކް ސައިންސް ކިޔަވަމުންދިޔަ، "ޑެކްސްޓަރ" ސިލްސިލާގެ ކެރެކްޓާއަށް ވަރަށް ބޮޑަށް ދެވިހިފާފައިވާ ދަރިވަރެކެވެ.

    މި ކުށް ކުރި އިރު އުމުރުން 19 އަހަރުގެ ޑޭ، ކުރިން މި މަރުގެ ތުހުމަތަށް އިންކާރު ކުރި ނަމަވެސް، ވުލްވަހެމްޕްޓަން ކްރައުން ކޯޓުގައި އިއްޔެ ކުރިއަށްދިޔަ ޝަރީއަތުގައި ވަނީ ކުށަށް އިއުތިރާފުވެފައެވެ. އޭނާގެ މައްޗަށް ހުކުމް ކުރުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ.

    މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހުގެ ފަތިހު 2:20 އެހާކަންހާއިރު، ޓިވިޑޭލްގެ ބެންކްރޮފްޓް ރޯޑުގައި ހުރި ކުއްޔަށްދޭ އިމާރާތެއްގެ ވެރިފަރާތުން ފުލުހުންނަށް ރިޕޯޓްކުރީ، އެތަނުން ކޮޓަރިއެއް ކުއްޔަށް ހިފާފައިވާ މީހަކަށް ސިޑިބަރީގެ ތިރިން ލޭ ފެނިގެންނެވެ.

    މި ރިޕޯޓާ ގުޅިގެން ފުލުހުން އެ އިމާރާތަށް ގޮސް ބަލައި ފާސްކުރިއިރު، މާރިއާގެ ހަށިގަނޑު ފެނިފައިވަނީ ކޮޓަރީގެ އެނދު ކައިރީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުގެ 78 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ. އެ ކޮޓަރީގެ ތަޅުމާއި، ފާރުތަކާއި، އެނދުގައި ޕްލާސްޓިކް ދަމާފައިވާއިރު، އެ ޕްލާސްޓިކްތައް ހަރުކޮށްފައި ހުރީ ސްޓޭޕްލަރ ބޭނުންކޮށްގެން ފާރުގައި ހަރުކޮށްގެންނެވެ.

    މީގެ އިތުރުން، ތަފާތު ވައްތަރުގެ ވަޅިތައް އަޅާފައިވާ ކެންވަސް ކޮތަޅަކާއި، ސްޓޭޕްލް ބަޑިއަކާއި، ޑަކްޓް ޓޭޕް އެތަނުން ފެނިފައިވެއެވެ. އަދި ޑޭ ވަނީ އޭޕްރަންއަކާއި، ޕްލާސްޓިކް މޫނު ނިވާކުރާ އާލާތަކާއި، ސާފުކުރަން ބޭނުންކުރާ ތަކެތިވެސް އެއްކޮށްފައެވެ.

    ހަމަލާގެ ތެރޭގައި އަތަށް ލިބުނު އަނިޔާއަކަށް ފަރުވާ ހޯދުމަށް އޭނާ އެ އިމާރާތުން ނިކުމެ ފުލުހުންގެ ކާރެއް ހުއްޓުވިއެވެ. އެވަގުތު އޭނާ ބުނެފައިވަނީ އޭނާއަށް ހަމަލާދިނީ ހިޔަޅެއް ކަމަށެވެ.

    މި މައްސަލައިގެ ތަހުގީގު އިސްކޮށް ހިންގެވި މޭޖަރ ކްރައިމް ޓީމުގެ ޑިޓެކްޓިވް އިންސްޕެކްޓަރ މެޓް މާސްޓަން ވިދާޅުވީ، ޑޭ އަކީ ކަންކަމަށް ވަރަށް ބޮޑަށް ދެވިހިފާ މިޒާޖެއްގެ މީހެއް ކަމަށާއި، އޭނާ ހުރީ "ޑެކްސްޓަރ" ގެ ކެރެކްޓާއަށް ހިތްޖެހިފައި ކަމަށެވެ. އަދި މި މަރު އޭނާ ރާވާފައިވަނީ ވަރަށް ބޮޑަށް ބަލައިގެން، ކުދިކުދި ތަފްސީލުތަކަށް ސަމާލުކަންދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

    މިއީ ކުއްޔަށް ހިފި ކޮޓަރިއަކަށް، އެއްވެސް ދިފާއެއް ނެތް އަންހެނަކު ގެންގޮސް، ކުރިން ރާވައިގެން ހިންގާފައިވާ ވަރަށް ރަހުމްކުޑަ އަމަލެކެވެ.

    ޑޭ ފުލުހުން ހުއްޓުވައި އޭނާގެ އަތަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ދޮގު މައުލޫމާތު ދިން ނަމަވެސް، ފުލުހުންނަށް އުފެދުނު ޝައްކުތަކާއެކު ވަރަށް އަވަހަށް އޭނާ ބަންދުކުރެވުނެވެ. މި ހާދިސާގެ ތަފްސީލުތަކުގެ ސަބަބުން ތަޖުރިބާކާރު ފުލުހުންނަށްވެސް ބޮޑު ސިހުމެއް ލިބިފައިވާއިރު، މާރިއާގެ އާއިލާއަށް ލިބިފައިވާ ފުން ހިތާމައިގައި އެ ފުލުހުން ބައިވެރިވެއެވެ.

    ]]>
    Wed, 07 Oct 2026 21:14:55 +0500 މުއާޒު
    ރައްޔިތުންގެ ކިބައިން މުއިއްޒު މި ހިފަނީ ކޮންކަމެއްގެ ބަދަލެއް https://heerasnews.com/4639 https://heerasnews.com/4639 ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރާ ވާހަކަ މުއިއްޒާއި މުއިއްޒު ސަރުކާރުން ދެއްކީމާ އަންނަނީ ހިންޏެވެ. މީހުން ކުރަނީ މަލާމާތެވެ. ޖަހަނީ ޖޯކެވެ. 

    މީހުން މުއިއްޒު ސިފަކުރަނީ ބޯހަރު ގޮތްކުޑަ އައްޔާސީ ބޮޑާ މަވެތި ރޯނު އެދުރެއްގެ ގޮތުގައެވެ. މަމޮޅު ހެދިގެން އެހެން މީހުންނަކީ ތަންދޮރު ނޭނގޭ އާރެއް ބާރެއްނެތް ބައެކޭ ހީވާކަހަލައެވެ. ތިބެން ޖެހޭނީ ހެދިހާ ގޮތެއް ހެދިގެނޭ ބުނާ ކަހަލައެވެ..

    އެއް ބަހެވެ. ރާއްޖޭގައި އުފެދުނު ކޮންމެ ސަރުކާރެއްގައިވެސް ކޮރަޕްޝަނާއި ފަސާދަ އޮތެވެ. އިސްރާފާއި މަވެތިކަން ވެސް އޮވެއެވެ. ނުފޫޒާއި ބަދަލު ހިފުންވެސް އޮތެވެ. އެކަމަކު ދެކިދެކިވެސް މިވަރުކަމެއް އަދިނުފެނެއެވެ. އިސްރާފާއި ކޮރަޕްޝަނުން ފޯވެފައިވާ މުއިއްޒު ސަރުކާރު އޮތުމަށްވުރެ ނެތުން ގައުމަށް ރަގަޅެވެ. 

    މުއިއްޒުގެ ލަފާފުޅާ އިރުޝާދުގެ ދަށުން ކުރާހާ ކަމެއް ދަނީ ފުއްވަޅުންނެވެ. ހަމައެއް ލަމައެއް އާޖުފާޖެއް ނޯވެއެވެ. ހިތުހުރިގޮތަކަށް ކަންކަން ކުރުމުން އަބަދުމެ ޖަހަން ޖެހެނީ އުނބަށެވެ. ކަންދެއްކުމާއި މަވަރެއް ނެތްކަމަށް ދައްކަން ކުރާކަންކަމުން ލިބެނީ ފޫނުބެދޭ ވަރުގެ ގެއްލުމެވެ. 

    ސައިޒަށްވުރެ ބޮޑުވެ އިންޑިއާ ސަރުކާރާ ޗެލެންޖުކުރަން ހަދައިގެން ވީގޮތް ތަޖުރިބާ ކުރެވިއްޖެއެވެ. އިންޑިއާއަށް ދިވެހީން ބޭހަށް ދިޔުން ހުއްޓުވަން ބޭންކޮކާއި ޑުބާއީއަށް އާސަންދަ ފުޅާކުރި ކުރީނުން ދެކުނު އިންޑިއާގެ ހުރިހާ ބޮޑެތި ސިޓީއެއްގައި ދިވެހިންގެ އެތައް ހާސްބަޔަކު މިއަދުވެސް ބޭހަށް ގޮސް ގޮތްހުސްވެފާ އެބަތިއްބެވެ. އާސަންދަ ހޮޅިން އިންޑިއާއަށް އޮއްސާ ފައިސާ މަދުނުކުރެވުނުތާ އިހުނަށްވުރެ އެތައް ގުނައެއްވީ އިތުރެވެ. ފަރުވާ ނުކުރެވިގެން މަރަށްތެޅޭ ބަލިމީހުން ވަނީ އިތުރެވެ.

    އިންޑިއާގެ ހެލްކޮޕްޓަރުގައި ބަލިމީހުން އުފުލުން ހުއްޓާލުމަށް މޯލްޑިވިއަން ބޯޓެއްގައި ކުލަ އުނގުޅައިގެން ހެދި އެއަރ އެމްބިއުލާންސް ލަންކާއަށް ކުރި ދަތުރާއެކު ބަޑުޖެހިގޮތަށް އުދުއްސައެއް ނުގަތެވެ. އަމިއްލަ ބޭސްފިހާރަތަކުން 2000 ޕަސެންޓްގެ ފައިދާގައި ބޭސްވިއްކާކަމަށް ބުނެ ގެނައި ބަދަލުން ފެނެޑޯލް ގުޅައެއްްހާ ހިސާބުވެސް ރާއްޖޭން ލިބެން ނެތޭ ހިސާބަށް ރާއްޖޭގައި ބޭސް ލިބުން ދަތިވެއްޖެއެވެ. ގިނަ ބޭސް ފިހާރަތައް ބަނގުރޫޓް ކޮށްލުވައިފިއެވެ.

    ހިލޭސާބަހަށް އިންޑިއާއިން ބަލަހައްޓާ ދެމުން އައި ސަރަހައްދު ބެލެހެއްޓުން ޑްރޯނަށް ބަދަލުކުރަން މިލިޔަނުން ޑޮލަރު ހޭދަކޮށްފައި ގަނެގެން ގެނައި ޑްރޯންތައް އުރަލައްވާފައި ބާއްވައިގެން ކުރިންވެސް ކުރިގޮތަށް އިންޑިއާ ލައްވާ އެކަންކުރުމުން ބޭކާރުކޮށްލެވުނީ އެތައް މިލިޔަން ޑޮލަރެވެ. ކަަަަނޑުމަތީގައި ގެއްލޭ މީހަކު ހޯދެނީއެއް ނޫނެވެ. ހާލުގައިޖެހޭ އުޅަނދެއް ސަލާމަތް ކުރެވެނީއްޔަކީ ނޫނެވެ.

    ކުއްލިކުއްލިއަށް ގެންނަ ބަދަލުތަކުން ހުރިހާ ބާވަތެއްގެ ވިޔާފާރިއެއް ފުނޑެމުން ގޮސް އެންމެ ފަހުން ފަތުރުވެރިކަމުގެ އިންޑަސްޓްރީ ވެސް ފުޑާލަނީއެވެ. ރާއްޖެ އިސްތިހާރުކޮށްދޭ މީހުންގެ ނޮޅާލަން ދިމާކުރުމުން އެމީހުން ރާއްޖެއިން އަތްދޮވެލަނީއެވެ. ކަމެއް ހިނގަމުން އައި ގޮތެއްގެ އެކޮޅު މިކޮޅުނުބަލާ ހިތުހުރިކަމަކަށް ހިތުހުރި ބަދަލެއް ގެނައިމާ ނިކަމެތިވަނީ ގައުމެވެ. ރައްޔިތުންނެވެ. ޒަމާންތަކަކަށް ހިނގަމުން އައި ގައުމެއްގެ ކަންކަން ބަދަލުވަމުން އައީ ތަރުތީބަކުންނެވެ. ރެޔަކާ ދުވާލުން ސިންގަޕޫރަކަށް ރާއްޖެއެއް ނުހެދޭނެއެވެ.

    ލަމައެއް ހަމައެއް ނެތި ކުރާހާ ކަންކަމުން ރައްޔިތުން ނިކަމެތިކޮށް ހާލުގައި ޖައްސަން މުއިއްޒަށް އޮތީ ކޮން ހައްގެއް ހެއްޔެވެ، ވެރިކަން ހޯދައިގެން ދިވެހިރައްޔިތުންގެ ކިބައިން މުއިއްޒު މި ހިފަނީ ކޮންކަމެއްގެ ބަދަލެއް ހެއްޔެވެ.

    ]]>
    Wed, 07 Oct 2026 10:35:02 +0500 މުއާޒު
    ސުގަރޑެޑީ ރައީސްގެ ކަރުސަތުނާމާއިން ކޯވަރެއް https://heerasnews.com/4637 https://heerasnews.com/4637 އެެހެން ވެރިން އަތްނުލާ ތަންތާ އަތްލައިގެން އަތް ފިއްސާ ވެރިއެއްގެ ވާހަކަ އެހީމުހެއްޔެވެ. ވެރިކަމުގެ ހައިބަތު ދައްކައިގެން އައްޔާސީކަން ކޮނޑަށް ލައިގެން އުޅޭވެރިއަކަށް ރައްޔިތުންގެ ހައްގުގައި ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ޝަހުވާނީ އެދުމުން މުޅި ސިކުނޑި ފޯވެފައި ހުންނަ ވެރިމީހާއަށް މީހުން ފެންނާނީ ބުޅަލަށް ރޯމަސް ފެންނަހެނެވެ.

    ގިނަ ފަހަރަށް އެކަހަލަ ސިނގު ވެރިންނަކީ އަނބި ދަށުވެފައިވެސް ތިބޭ ބައެކެވެ. އަނބިމީހާއަށް ވެރިކަން ކޮށްދޭން ހަދައިގެން ބޮލާފޮށާ އެޅުން ނޫންކަމެއް ނުވާ ބައެކެވެ. ދަރީގެ އަބުރާ ވޭޕާ ގުޡޅުވައިގެން އާއްމު ވަކިވަކި ފަރުދުންގޮވައިގެން ޝަރީއަތަށް ދިޔަ ޝާހީއާއިލާއެއް ރާއްޖޭގެ ތާރީހު ނުދެކެއެވެ. އަނބިމީހާގެ ނުފޫޒުގައި ވެރިޔާ ވޭޕުދަށުވެ ދުންފަތް ދަތިކޮށް ދުންފަތް ސުމަގުލަށް ހުޅުވާލާ އެތައް ބަޔަކު ދުންފަތާ ހެދި ޖަލަށްލިއެވެ. ބޮޑުކުރި ދުންފަތު ޓެކްސް ޑަބްލިޔު އެޗް އޯއިން ބުނެގެން ކުޑަކުރި އެހެން ގައުމެއް ދުނިޔޭގެ ތާރީހުގައި ނެތެވެ. މިހުންނަނިއްޔަކީ ހަމަބުއްދީގައި ހުރެ ވެރިން ކޮށްއުޅޭ ޒާތުކަންކަމެއް ނޫނެވެ.

    އަނބި މީހާދެކެވެސް ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. އެހެނެއްކަމަކު އައްޔާޝީކަމުން ހިމޭނުން ހުންނަނީއެއްްްވެސް ނޫނެވެ. ސިއްރު ސިއްރުން ކޮންމެވެސް ގޮތަކަށް އައްޔާސީ ގުޅުންތަކެއް ހިންގަމުން ގެންދާކަމަށް ދޭތެރެ ދޭތެރެއިން ތިލަވެއެވެ.

    ސިޓީ ކައުންސިލުއްސުރެ އުޅެވުނު ގާތް ގޮތަކުން ބޮޑުރައްޓެހި މީހާގެ އަނބިގޮއްޔެވެސް ގެންގުޅެންޖެހުނީ ގަނޑުވަރުގައެވެ. ގާއިމު މަގާމަކަށެވެ. ކަމަކު ދާކަށް ނެތެވެ. ބުޅާ ގޯނިން ބޭރުވެ ގަނޑުވަރުން ނެރެލަންޖެހުނެވެ. މަހާރެހެންދީގެ މޭގަނޑު ނެގިނެގިފައި ޖެހުމެއް އެވަރަކުންވެސް ނުހުއްޓުނެވެ. އެންމެ ފަހުން ދޮންކަޅު އަންގާނުލާ ގާތްވާން ސިހުރު ހެދިކަމަށް ހަނދާ ޖަލަށްލީ ރަހުމެއް ކުުލުނެއް ނެތިއެވެ. އެހެނެކޭ ކިޔާފައި ލިބުނު އަނިޔާއަށް ޗުއްޕުވެސް ބުނެލަން ނުކެރޭވަރަށް އެ ކަނބުލޮ ބެހެއްޓީ ހަނެވެ.

    މިކޮއި ބައްޕަ އަންނާނޭ އަންނައިރުން ގެންނާނޭ ކިޔަކިޔާ އިން ޅަނދޮޅު ޅަނބާޅަ އެކަނިވެރި މަޔަކަށް ހިތްދޫވެގެން އުޅެގަތް ގޮތަކުން ވެސް ބަރަހަނާ ވިއްޔަކީ އަމަށަކު ވަރަކަށް ނޫނެވެ. ދަރިފުޅަށް ގެއްލިފައިވާ ބައްޕައެއްގެ ލޯބި ގައުމުގެ ސެހެންޝާހުގެ ފަރާތްޕުޅުން ލިބެން ފެށީމާ ދަނޑިވަޅުގެ ބޭނުން ނުހިފާނެ ކަމެއް ނެތްތާއެވެ. 

    ސްގަރޑެޑީއެއްގެ ފަރާތުން ލިބޭނެ ހުރިހާ އެއްޗެއް ލިބޭގޮތްވުމުން އަމަށަކުވަރެއް ނެތެވެ. ދަންވަރުގުޅާ ހިތުހުރި ކަމެއް ކޮށްދީ ބުނިއެއްޗެއްދީ ހަދަންފެށުމުން އެ ޒުވާން ޖާދޫގެ ސަރުބަތު ބޯންދިނީ ހިފެހެއްޓުމެއް ނެތި ސިކުނޑީގެ އެންމެ ހިމަނާރުތަކަށް ވެސް އަސަރު ކުރާވަރަށެވެ. ދެނަކާދެނެއް ނެތެވެ. ކަވައިގެންފައިވާ މެންދުރުކާލެއްހެން އުޅެގަތީ ރަސްގެ ދަރުބާރެއް ސޯފާއެއް މޭޒެއް ބެލުމެއްނެތިއެވެ. ޒުވާން އެކަނިވެރިމަޔަކަށް ހިތްދޫވެ ހަވާލުވެހުރި ޒިންމާއާއި މަސްއޫލިއްޔަތަށްވުރެ ޝަހުވާނިއްޔަތު ކޮނޑަށް ލައިގެން އުޅެން ފެށުމުން ނުވެނުދާނެ ހުރިހާ އެއްޗެއް ވާންފެށިއެވެ. 

    ކައިވެނީގެ ހުވަފެން ދައްކައިގެން ކިތަންމެ ލޯބިން ޅަދަރި މަޔަކު ގެންގުޅުނަސް ޒީލަ ގަދަ މަހާރެހެންދިއަށް ހިލަންވެދާނެތީވެސް ހުންނަނީ ބިރުން ރޫއަޅައަޅައެވެ. ދަތުރުމަތިން މޭޒުމަތިން ސޯފާމަތިން ކުޅިޖަހާ ކުޅިހަމަ ކުރަމުން ދަނިކޮށް ކަމަކުދާކަށް ނެތެވެ. މަހާރެހެންދިއަށް ހިލަންވެ ހަށިފޮޅާލުންވީ އުޑުބޮލަށް ވެއްޓޭވަރުގެ ކަމަކަށެވެ.

    ނަގާހޮޅި ލަމުން އަންނަ ރާުޅުގައި ކަނޑުވެ ގެނބި ގެއްލުމުގެ ކުރިން ދަނޑިވަޅުބަލާ ސްގަރޑެޑީ ރައީސްގެ ކަރުސަތުނާމާ ހާމަކޮށްލުމަށް ވުރެ ރައްކާތެރި އެހެން ގޮތެއް ނެތްކަމަށް އެކަނބުލޮއަށް ވިސްނުނެވެ. ސްގަރޑެދީ ރައީސްގެ ކަރުސަތުނާމާ ހާމަކޮށްލުމުން ހިތައްވީ ތަދުން ހަނުހުއްޓާ ހާމުންޑި ކުކުޅެއްހެން މަހާރެހެންދި ބޮލަށް އަރައިގަތުމުން މަތިމައްޗަށް ހުވާކޮށްގެންވެސް ސްގަރޑެޑީ ނުހެދޭކަން މަހާރެހެންދިއަށް ކަށަވަރުކޮށްދޭން ޖެހުނީއެވެ. 

    ދަންވަރު ގުޅީ ކިއްވެތޯ އެހި ނޫސްވެރިޔާއާއި ގެގް އޯޑަރު ނެރުނުވާހަކަ ލިޔުނު ނޫސްވެރިޔާ ލީ ޖަލަށެވެ. ސްގަރޑެޑީ ރައީސްގެ ކަރުސަތުނާމާ ނެރުނު ނޫހުގެވެރިން އަނގަހައްދު ޖަހުވަން ގޮސްއުޅެނީ ފަނޑިޔާރުގޭގައެވެ. އެންމެފަހުން އެ ލޯތްބެއްގައި ދީވާނާވި ސްގަރ ޑެޑީގެ ކަނބުލޮވެސް އަނގަ ހައްދަށް މަހާރެހެންދީގެ އާރާބާރުގައި ދޮންކުރަނީއެވެ.

    ]]>
    Tue, 06 Oct 2026 11:35:28 +0500 މުއާޒު
    ހަގީގީ އެމްޑީޕީގެ ވެރިކަމެއް ދިވެހިން އަދި ނުދެކޭ https://heerasnews.com/4633 https://heerasnews.com/4633 އެމްޑީޕީގެ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ރައީސް ސޯލިހު އުފެއްދެވީ ޖަވާބުލިބެން ބޭނުންވާ ބޮޑު ސުވާލެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން ސިޔާސީ ޕާޓީތަކާމެދު ވަރަށް ބޮޑަށް ގިނަ ބަޔަކު ތިބީ ނާއުންމީދުވެފައެވެ. އެހެން އޮތް އިރު އެހެން ޕާޓީތަކަށްވުރެ ބޮޑަށް ރައްޔިތުން އެމްޑީޕީއަށް އިތުބާރު ކުރަންވީ ކީއްވެގެން ހެއްޔެވެ.

    ދެ ފަހަރު ވެރިކަން ކުރަން ލިބިއްޖެއެވެ. އެމްޑީޕީއަށް ވެރިކަން ލިބުނު އެއްވެސް ފަހަރަކީ މުތުލަގަށް އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފަހަރު ފަހަރެއް ނޫނެވެ. ކޯލިޝަނަކާ ނުލާ ވެރިކަން ކުރާކަށް އެމްޑީޕީއަކަށް އަދި ނުލިބެއެވެ. 2008 އާއި 2018 ގައި އެމްޑީޕީއަށް ލިބުނީ ކޯލިޝަން ވެރިކަމެކެވެ. އެހެން ކަމުން ސައްތައިން ސައްތަ އެމްޑީޕީ ވެރިކަމެއް އަދި ނުކުރެއެވެ. އޭގެ މާނައަކީ ރައީސް ސޯލިހު ވިދާޅުވާހެން ރައްޔިތުންގެ އިތުބާރު އެމްޑީޕީއަށް ހޯދަން ޖެހޭކަމެވެ. 

    އެމްޑީޕީގެ ހުރިހާ ސިޔާސަތުތަކެއް އަކުރުން އަކުރަށް ތަންފީޒުކުރެވޭނީ ސައްތައިން ސައްތަ އެމްޑީޕީ ވެރިކަމެއް ކުރަން ލިބޭ ދުވަހަކުންނެވެ. ސަރުކާރުގެ ފޮތިފޮއްޗަށް ބަހައިގެން ވެރިކަން ކުރަންޖެހުމަކީ އެމްޑިޕީ އޭގެ އަސްލު ސިފައިގައި ވެރިކަމެއް ނުކުރެވޭ ސަބަބެވެ. ނަމުގައި އެމްޑީޕީ ވެރިކަމަކަސްް ކޯލިޝަންގެ ނުފޫޒު ވެރިކަމުގެ ތެރޭގައި މޫލާފައި ނެތް ވެރިކަމެއް އަދި އެމްޑީޕީއަކަށް ނުލިބެއެވެ. 

    2008 ގެ ވެރިކަން ދައުރު ހަމަނުކޮށް ނިންމަންޖެހުނީ ކޯލިޝަން ރޫޅުމުން އުފެދުނު ފިތުނައިގެ ސަބަބުންނެވެ. ރައްޔިތުންނަށް ފައިދާހުރި ކިތަންމެ ކަމެއް ކުރެވުނު ނަމަވެސް އެކަންކަމުގެ އަގު ވަޒަން ކުރަން ނޭގުނީ ކޯލިޝަން ތެރޭގައި އުފެދުނު ދެބަސްވުން ތަކަށް އެއްބަސް ނުވެވުމުންނެވެ. ބަގާވާތަކުން ވިޔަސް ބަސްނޭހުމަކުން ވިޔަސް ވީގޮތެއް ވެގެން ވެރިކަން ވެއްޓުނީ މުތުލަގަށް އެމްޑީޕީ ސަރުކާރަކަށް ނުވުމުންނެވެ. 

    2008 ގައި އުފެދުނީ ހަގީގީ އެމްޑީޕީ ސަރުކާރެއްނަމަ އޭރުހުންނެވި ރައީސް ނަޝީދު އިއްތިއުފާ ދެއްވިޔަސް ދައުރު ނިމެންދެން އޮތީހީ އެމްޑީޕީވެރިކަމެކެވެ. އެކަމަކު ކަންވީ އެހެނަކުން ނޫނެވެ. އޭރު ހުރި ނައިބު ރައީސް ވެރިކަމާ ހަވާލުވެ އެކީ އެކައްޗަކަށް އެމްޑީޕީ ސަރުކާރުން ފައްސާ ނަގާލީއެވެ. އެމްޑީޕީ މަގުމަތިކޮށްލީއެވެ. އެބަދަލު ބަގާވާތެއްކަމަށް ބުނަންޖެހެނީ އެހެންވެއެވެ. ރައީސްކަމުގައި ހުރި މީހަކު އިސްތިއުފާ ދިނުމުން ނައިބު ރައީސްކަމުގައި ހުރި މީހާ ގާނޫނީ ގޮތުން ވެރިކަމާ ހަވާލުވިޔަސް އެމްޑީޕީ ވެރިކަމެއްނަމަ މުޅި ވަޒީރުންގެ މަޖިލީހާއި ހުރިހާ ސިޔާސީ މަގާމެއްގައި ތިބިހާ އެންމެން ބަދަލުކޮށް ސަރުކާރު އެފުށް މިފުށަކަށް ނުޖެހީހެވެ. އެހެން ކަމުން 2008ގައި އުފެދުނީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. 

    2018 ގެ ވެރިކަން އައީ ވެސް ކޯލިޝަނެއްގެ ތެރެއިންނެވެ. ރައީސްއަކީ އެމްޑީޕީގެ ޓިކެޓްގައި ހޮވިވަޑައިގެން ބޭފުޅެއް ނަމަވެސް އެމްޑީޕީ ހިއްސާކުރީ މުޅި ސަރުކާރުގެ އެންމެ %40 އެވެ. %60 ގެ ކޮންޓްރޯލު އޮތީ ތަފާތު އެހެން ޕާޓީތަކުގައެވެ. ނަތީޖާއަކަށްވީ އެމްޑީޕީގެ މުޅި މެނިފެސްޓޯ އެގޮތުގައި ތަންފީޒުނުވުމެވެ. އެންމެ ފަހުން ކޯލިޝަން ޕާޓްނަރުން ތިބީ އެމްޑީޕީ ސަރުކާރު ފޭލިކޮށްލަން އެތެރޭގައި ތިބެ ކަމަރު ބަނދެގެންނެވެ. އެމްޑީޕީގެ ޓިކެޓްގައި ރައީސްކަން ކުރެއްވި ރައީސް ސޯލިހަށް އާއްމު ރައްޔިތުންގެ ގިނަ ބައެއްގެ އިހުތިރާމާއި ލޯބި އޮތަސް 2 ވަނަ ދައުރު ގެއްލުމުގެ މައިގަނޑު ސަބަބަކީ އެމްޑީޕީއާއި ކޯލިޝަންގެ މެދުގައި އޮތް ދެބަސްވުމާއި ނުތަނަވަސްކަމެވެ. 

    ތަޖުރިބާގެ އަލީގައި ރައީސް ސޯލިހު އެ ވިދާޅުވަނީ އެވާހަކައެވެ. ކޯލިޝަނަކާ ނުލާ ވެރިކަމެއް އުފެއްދޭ ވަރަށް ރައްޔިތުންގެ އިތުބާރު އެމްޑީޕީ ހޯދަން ޖެހެއެވެ. ކާމިޔާބު ވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ހޯދައިގެންނެވެ. އެހެން ބަޔަކާ ބައިވެރިނުވެ ވެރިކަމެއް އުފެއްދޭ ވަރަށް ރައްޔިތުންގެ އިތުބާރު ހޯދަން އެމްޑީޕީން މަސައްކަތް ކުރަންޖެހެއެވެ.  

    ]]>
    Sat, 03 Oct 2026 20:30:50 +0500 މުއާޒު
    އީގަލް ހިލްސް ދާނީ މުއިއްޒުގެ ސައޫދީ ފޭކް ޕްރިންސް ދިޔަމަގުން https://heerasnews.com/4632 https://heerasnews.com/4632 04 މެއި 2025 ވީ އާދީއްތަ ދުވަހަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވުނު ފިސާރި ބޮޑު ދުވަހެކެވެ. މުޅި ސަރުކާރުގެ އިސްސަފު އޮތީ ހުޅުމާލޭ ފޭސްދޭއްގެ ފަރުކޮޅުފުށީގައެވެ. ރާއްޖެއަށް ލިބުނު ބިޔަ ބޮޑު ފޮރިން އިންވެސްޓްމަންޓެއް އިފްތިތާހު ކުރެވުނީއެވެ. 

    ރައީސް މުއިއްޒުގެ ހިކުމަތުން ހޯއްދެވި ބިޔަ މަޝްރޫއެއްގެ ފެށުމެވެ. ރާއްޖޭގެ އިގްތިސޯދު ނަގާކޮޅަށްޖަހާ ފުދުންތެރި ގައުމަކަށް ބަދަލުކޮށްލާނެ ބިޔަ މަޝްރޫއެއް ބިންގާ އެޅުނީއެވެ. ދުބާއީގެ ބުރުޖު ހަލީފާ ކަހަލަ ހިތްގައިމު ރީތި ބިނާތަކާއެކު ރާއްޖޭގެ މަންޒަރު ބަދަލުކޮށްލާނެ ބޮޑު ފުރިހަމަ މަޝްރޫއެކެވެ.

    ދުނިޔޭގެ މީޑިއާތަކާއި މީސްމީޑިއާ އެކީއެކައްޗަކަށް ފްލަޑްކޮށްލީ އެ ހިތްގައިމު މަޝްރޫއުގެ ފޮޓޯތަކާއި ޑިޖިޓަލް ކޮންޓެންޓް ތަކުންނެވެ. އެންމެންމެ ތިބީ އުފަލުން ފޮޅިފައެވެ. ކޮނޑުހުޅުންނެއްޓޭ ވަރަށް އަތްޖެއްސެވެ. ރައީސް މުއިއްޒުގެ ބޮޓުންނާއި ކުލީ ގަލަންތަކުން އެ މަޝްރޫގެ ބޮޑުކަމާއި މޮޅުކަމާއި ވާނެ ފައިދާގެ ވާހަކަ ދެއްކީ އަޖައިބުވެ އަންތަރީސް ވާވަރަށެވެ. ވާހަކައަކީ ގޮތްގޮތަށް ކޮންޓެންޓް އުފައްދައިގެން މުޅި މީސްމީޑިއާ ފްލަޑްކޮށްލި ބޮޑު ވާހަކައެކެވެ. 

    8.8 ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ. ދުބާއީގައި އޮންނަ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓުން ގާއިމިކޮށްދޭ ފްރީޓްރޭޑް ޒޯނެކެވެ. 2030 ވަނަ އަހަރު އަންނައިރު މުި އިންޑިއާ ކަނޑުގެ އެންމެ ބޮޑު ފްރޭޑް ޒޯނަށްވާނެ މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު ބިންގާ އެޅުމަކީ އާދައިގެ ކަމަކަށް ނުވާނެތާއެވެ. 

    8.8 ބިލިއަން ޑޮލަރުގެ މެގަ މަޝްރޫއެއްގެ ބިންގާ އެޅުނީމާ ދިވެހިންތިބީ ނިކަން އުފަލުންނެވެ. ސަރުކާރާއި އިދިކޮޅުވާދަ ވެރިންވެސް ތިބީ އަޖައިބުވެ އަންތަރީސްވެ ސޮނިވެއްޓެފައެވެ. މަޝްރޫއުގެ ބޮޑުކަމާއި ފުރިހަމަކަމާއި ރާއްޖޭގެ މަލައަށާއި އިގުތިސޯދީ ފުދުންތެރިކަމަށް އަންނާނެ އިންގިލާބީ ބަދަލުފެނި ތިބީ އާޝޯހުވެފައެވެ. 

    ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެހާ ވަރަށް ފޮނު އެރުވި މަޝްރޫއު ކޮބައި ހެއްޔެވެ. މަތިހަށި ނަގާފައި ސަރުކާރާއި ޕީއެންސީން އޭރު އުޅުނު ގޮތުން ހިީވީ ދުބާއީ އާއި ސިންގަޕޫރު ފަހަތައް ޖައްސާލާ ސަރަހައްދީ ފައިނޭންސަލް ހަބަށް ރާޢްޖެ ބަދަލުކޮށްލާހެންނެވެ. އެހާވަރަށް އެހުވަފެން ވަނީ ދައްކާފައެވެ. 

    އެޅި ބިންގަލާއެކު ބޮކިޖަހާ އަޑިޔަށް ދިޔަ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ ޖަމަލު ފޮޑިއަކަށް ވެގެންދިޔައީ ކާކުކޮން ހުރަހެއް އަޅައިގެން ހެއްޔެވެ. ރަސްމާލޭގައި އީގަލް ހިލްސް ލައްވާ ކުރާން އުޅޭކަންތައްވެސް ދާނީ މުއިއްޒު ގެނައި ސައޫދީ ފޭކް ޕްރިންސް ދިޔަމަގުން ނޫންބާވައެވެ. މުއިއްޒު އަރުވާހާ ފޮނުން އުފެދެނީ ސައިބޯނި ބޮތްކެވެ. 

    ]]>
    Sat, 03 Oct 2026 08:15:28 +0500 މުއާޒު
    އަތުނެތް އެތި ވިއްކައިގެން ހޯދާދޭން އައި މީހުން އަތުއޮތް އެތި ވިއްކާލުން https://heerasnews.com/4625 https://heerasnews.com/4625 މިލްކުވެރިކަމެއް އާރެއް ބާރެއް އެމައްޗަށް ނެތް އެއްޗެއް ބަޔަކަށް ވިއްކާނީ ކިހިނެއް ހެއްޔެވެ. މިލްކުވެރިކަމެއް އާރެއް ބާރެއް އެމައްޗަށް ނެތް އެއްޗެއް ބަޔަކު ވިއްކަން އުޅެގެން ގަންނާނީވެސް ކޮން ބައެއް ހެއްޔެވެ. އަނެއްކޮޅުން އަތުގައިނެތް އެއްޗެއް ވިއްކާލިކަމަށް ބުނެ އޭތި ހޯދަން އައި މީހުން އަތު އޮތްއެތި ވިއްކާލުމަށްވުރެ ބޮޑުޖޯކެއް އޮންނާނެ ހެއްޔެވެ. 

    މުއިއްޒު ވެރިކަމަށް އައީ އަމިއްލަ ސިޔާދަތީ ބާރެއް އެއްވެސް ޒަމާނެއްގައި ރާއްޖެއަށް އޮތްކަން އެނގެންނެތް ޗާގޯސް ވިއްކާލައިގެން ޗާގޯސް ހޯދާދޭށެވެ. ވެރިކަން ދެބައިވެ ދިޔައިރުވެސް ޗާގޯހުން ކައިވަތެއްވެސް ހޯދައެއް ނުދެވުނެވެ. ސަރަހައްދުތަކާބެހޭ ކިތަންމެ ބޮޑު އޮފީހެއް އުފައްދާ ކިތަންމެ ބޮޑު މަގާމެއް އާޒިމާ ޝަކޫރަށް ދީގެން އުޅުނަސް ޗާގޯހުން އިންޗިއެއްވެސް ހޯދިދާނެ ކަމަކަށް ނުފެނެއެވެ. 

    އާޒިމާއަށް ސަރަހައްދީ އޮފީސް ހަދާދީގެން މުއިއްޒު މިކުރިކަމަކީ އަތުނެތް އެތި ހޯދަން އުޅޭގޮތް ދައްކައިގެން އަތުއޮތް އެތި ވިއްކާުލުމެވެ. ޗާގޯސް ހޯދާގޮތް ދައްކައިގެން ފުށިދިއްގަރުފަޅުން ބައެއް ފަށްފަށްވާ ގޮތަށް 99 އަހަރަށް ވިއްކާލުމެވެ. އުފެދުމުގައިވެސް ބާތިލު އެއްބަސްވުމެއްގެ ދަށުން ޒަޔަނިސްޓުންނަށް ވާގިވެރިވާ އީގަލް ހިލްސްއަށް 500 ހެކްޓަރު ބިން ދިނުން ދިފާއުކުރަން އާޒިމާއެއް ކަމަކު އުޅޭނެކަމެއްނެތެވެ. 

    ފުންނާބު އުސްކަމުން ގޮސް ހަމަ ބިމުގައިފައިނުޖެހި ހުރެ ދީފައިވާ ލަފާތަކުން ފޫނުބެދޭވަރުގެ ބޮޑެތި ދެރަ ހުރީ ލިބިފައެވެ. ދަނީ ލިބެމުންނެވެ. ހެޔޮނުވާނެއެވެ. ގައުމުގެ ކަންކަމުގައި އާޒިމާ ޝަކޫރު ވާހަކަ ނުދައްކާ ހުންނަން ވެއްޖެ ނޫން ހެއްޔެވެ. އަމްދުން އިންވެސްޓްމެންޓްގެ ވާހަކައެވެ. ރައީސް ޔާމީނަށް ދިން ގާނޫނީ ނުލަފައިން ލިބިވަޑައިގެން ގެއްލުމުން އެމަނިކުފާނު އެއުޅުއްވަނީ އަރައި ނުގެންނެވިގެންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަޅުދަނޑިއަކީ އާޒިމާ ނޫން ދެވަނަ މީހެއް ނޫނެވެ. 

    ބޭރުގެ އިންވެސްޓަރުން ފަހާ ބޭރުކުރުމުން ގެއްލުންވަނީ ވެރިމީހާއަށް ނޫންކަން އާޒިމާއަށް އެނގުނީ މުއިއްޒުގެ ރަސްމާލެ ސިއްރު ޑީލާ ޖެހުމުން ދޮތައެވެ. ޖީއެމްއާރު ބޭރުކޮށްލައިގެން އެތައް ސަތޭކަ މިލިޔަނުން ގައުމަށް ގެއްލުން ދިންއިރު ތިޔަ ވިސްނުން ކޮބައި ހެއްޔެވެ. ޒަމާނުއްސުރެ ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި މީހުންގެ އިންވެސްޓްމަންޓަށް ލޮޅުންއަރާ ގޮތައް ސިޔާސަތުތައް ތަންފީޒުކުރަމުން މުޅި ޓޫރިޒަމް އިންޑަސްޓްރީ އިނދަޖެހޭ ވަރުކުރަމުން ދާއިރު ނުގެއްލޭ ކޮންފިޑެންސެއް ރަސްމާލެ ޑީލުން ގެއްލޭތަން ފެންނަ ލޮލަށް ތިޔަހުރީ ފުސްއަރާފައެވެ. 

    ސަހަރޯއެވެ. ދިވެހި އާބާދީ މުސްކުޅިނުވެ ހިފަހައްޓުމަށާއި ތަމްރީނު ލިބިފައި އޮތް އިންސާނީ ވަސީލަތް ހޯދަން ހަނދަން އޮތް ފަންޑިތައަކީ ރަސްމާލޭގައި ޒަޔަނިސްޓުން ވަޒަންވެރި ކުރުމޭ ފާޅުގައި ބުނަން ނުކެރިގެން ނޫޅޭށެވެ. ތިޔަ ވިސްނުމަކީ ބޭރު މީހުން ރާއްޖޭގައި ވަޒަންވެރިކުރުވާ ދިވެހިން ބާކީކޮށް ބިކާރީ ކުރުމުގެ ވިސްނުމެވެ. އެންމެ ފަހުން އަސްލު ދިވެހިންނަށް ޖެހޭނީ އޮސްޓްރޭލިއާގެ އަސްލުރަށްވެހިންނަށް ޖެހުނު ދަތުރެވެ. އެކަށީގެންވާ އިންވެސްޓްމަންޓްތައް ގެނައުމަށް ބޭނުންވާނޭ ފެކްޓަރސް ފުރިހަމަ ކުރުމަކީ ދިވެހިން ބާކީކޮށް ޔަހޫދީންނަށް ވާގިދޭ ބަޔަކަށް ދުނިޔެ އޮތްހާދުވަހަކަށް ރާއްޖޭން ތަންގަނޑެއް ދިނުންކަމަށް ގަބޫލު ކުރެވުނީމާ މަށެއްވާ ދެންނެތީމެވެ. 

    މީހުން ކަން ބޮޑުވެގެން އުޅެނީ ބިމެއް ކުއްޔަށް ދީގެނެއްނޫނެވެ. ކުއްޔަށް ދިނުމުގެ ނަމުގައި ނުނިމޭ 99 އަހަރަ ދުވަހަކަށް ރާއްޖޭގެ ބިމުން ބައެެއް ބަޔަކަށްދޭތީއެވެ. ކުއްޔަށް ދިނުމުން ލިބޭ ގާނޫނީ ބާރުވެރިކަމާއި ބިން މިލްކުވުމުން ލިބޭ ގާނޫނީ ބާރުވެރިކަމުގައި ގާނޫނީގޮތުން ހުންނަކަމަށް ތިޔަބުނާ ބޮޑު ތަފާތު ރަސްމާލެ ޑީލުގައި ނެތުމުންނެވެ.

    ދިވެހިރާއްޖޭގެ އިގުތިސާދުގެ އަދި ކްރިޓިކަލް އިންފްރަސްޓްރަކްޗަގެ ކޮންޓްރޯލް ބޭރުގެ މީހުންނަށް ހަވާލުކުރުމާއި ކަނޑުމެދުން ހިއްކައި އެއްވެސް ވަސީލަތެއްނެތް ފަސްގަނޑެއްގައި ތަރައްގީގެ މަޝްރޫއު ހިންގައި ތަން އާބާދުކުރުމަށް ފުރުޞަތު ދިނުމާ ވަރަށް ތަފާތޭބުނެ މީހުންގެ ބޯދޮއްވަން ނޫޅޭށެވެ. ސަރަހައްދުތަކާ ބެހެން އޮފީސް ހަދައިގެން އެތަނަށްވަދެ އިނދެ ފަހަރަކު ސަރަހައްދެއް ވިއްކާ ގައުމު ލޫޓުވާލަން ނޫޅެ އެހެން ކަމަކާ އުޅޭށެވެ. 

    ]]>
    Wed, 30 Sep 2026 06:15:30 +0500 މުއާޒު
    ރަސްޑީލްގައި ހަލާލުސިއްކަ ޖަހަން މުއިއްޒަށް ދެވޭ ރަނުގެ ފުރުސަތެއް! https://heerasnews.com/4622 https://heerasnews.com/4622 ރަސްމާލެ ކުއްޔަށް ދިނުމުގެ އެއްބަސްވުން ބާތިލުކުރަން ސްޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ. ރަސްމާލޭގެ ބިމުން 500 ހެކްޓަރު އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދޭން ސަރުކާރުން ނިންމާފައި ވަނީ ގާނޫނުއަސާސީގެ 250 ވަނަ މާއްދާއާ ހިލާފަށް ކަމަށް ހުށަހެޅުމުގައިވެއެވެ. އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ރަސްމާލޭގައި ތަރައްގީކުރެވޭ ތަންތަން ތިންވަނަ ފަރާތަކަށް ވިއްކާ ހާލަތުގައި ވާރުތައިން ލިބޭ ހާލަތުގައި ތިންވަނަ ފަރާތްތަކަށް އެ ތަންތަނުން އިތުރު 99 އަހަރަށް ލިބޭ ގޮތަށް އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ށ) އާ ތައާރުޒުވާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.

    ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލު ކަމެއްކަމަށް ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ކަނޑައަޅާފައި އޮތް އޮތުމަށް ރިއާޔަތްކޮށް ދެންނެވުނު އެއްބަސްވުވާއި އެ އެއްބަސްވުން އެކުލަވައިލުމަށް ނިންމި ނިންމުން ބާތިލު ކަމަށް ކަނޑައަޅައިދިނުމަށް އުސްތާޒު އަލީ ހުސެއިން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

    އަނެއްކޮޅުން މައްސަލައިގައި ވަކި ގޮތެއް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން، އީގަލް ހިލްސްއާ ދެމެދު ވެފައިވާ އެއްބަސްވުން މަޑުޖައްސައިލުމަށާއި އެ އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ ބިމުގެ އެއްވެސް ބައެއްގެ މައްޗަށް އީގަލް ހިލްސް އަދި ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވެސް އަލީ ހުސެއިން އެދިވަޑައިގެންފައިވެއެވެ.

    އުސްތާޒު އަލީ ހުސައިންގެ ހުށަހެޅުއްވުމުގައި ބަޔާން ކުރައްވާފައިވާ ހުރިހާ ކަމަކަށް އިންސާފުވެރި ލޮލަކުން ފަނޑިޔާރުން ބައްލަވާނެ ބާވައެވެ. ހާދަ ހީނުވެއެވެ. އަލީ ހުސައިންގެ ހުށަހެޅުއްވުމަކީ ރައީސް މުއިއްޒު ހިންގާ ގާނޫނާއި ހިލާފް ބޮޑު ޖަރީމާ ގާނޫނީ ގޮތުން ހަލާލުކޮށްދޭ ހަލާލުކޮށް ދިނުމަކަށްނުވެ ހިނގައިދާނެ ބާވައެވެ. 

    ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ސްޕްރީމް ކޯޓު ނުވެ ހިނގައިދާނެ ބާވައެވެ. އަލީ ހުސައިން ގެ ހުށަހެޅުއްވުމުގައިވާ އެންމެހާ ކަންކަމަށް އިންސާފުވެރި ނަޒަރަކުން ރިއާޔަތްކޮށް އަދުލުވެރި ފައިސަލާއެއް ކޮށްފިނަމަ ރަސްމާލެ ޑީލުގެ އެއްބަސްވުމަކީ ބާތިލު އެއްޗަކަށް ނުވެއެއް ނުދާނެއެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުގައި ތިބި ގިނަ ފަނޑިޔާރުންގައި އެ ހިތްވަރު ހުރެދާނެ ކަމާމެދު ޝައްކެވެ.

    ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބިސްމަޅި އިސްލާހާ މެދު ސްޕްރީމް ކޯޓުން އަމަލުކޮށްފައި އޮތް ގޮތުން ސްޕްރީމް ކޯޓުގެ ކޮންޓްރޯލް މުއިއްޒުގެ މުށުގައި އޮތްވަރު ސާފުކޮށްވަނީ ފެނިފައެވެ. އަމްދުން އެތައް މިލިޔަން ޑޮލަރެއްގެ ބިޔަ ސިއްރު ޑީލަކާ ޖެހުމުން އެކަން ހަލާލުކުރަން މުއިއްޒު ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. 

    ބޭއިންސާފުން ހުކުން ކުރާ މީހުންނަކީ އަބަދުވެސް އުޅޭ ބައެކެވެ. އަދުލަށް ހުކުން ކުރާ މީހުންނަކީވެސް މަދުބައެއް ނޫނެވެ. ހުދު މުހުތާރުވެރިކަމެއްގައި ފަނޑިޔާރުގެއަކީ ވެރިޔާގެ ޖަރީމާތަކުގައި ހަލާލުސިއްކަ ޖަހާދޭން ތިބޭބައެކެވެ. މަޖިލިސް މެންބަރުންގެ ބިސްމަޅި އިސްލާހު ހަލާލު ކުރިތަން ވެސް މިތިބީ ދެކިފައެވެ. އެތައް ބިލިޔަން ޑޮލަރާއި ގުޅުން އޮތް ރަސްޑީލް ހަލާކުރަން ހަލާލު ސިއްކަޖަހަން ލިބޭ ރަނުގެ ފުރުސަތެއް މުއިއްޒު ގެއްލުވައެއް ނުލާނެއެވެ.

    ]]>
    Tue, 29 Sep 2026 01:00:00 +0500 މުއާޒު
    މިދުއަމުގެ ހޫނު ރައްދެއް މުއްތޮލިބަށް: ރަސްމަލޭގައި ހިނގަނީ އައުކޮންކަމެއް! https://heerasnews.com/4620 https://heerasnews.com/4620 ހައުސިންގ މިނިސްޓަރ މުއްތޮލިބު ވިދާޅުވާގޮތުން " ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެކެވެ. އެ ޕްރޮޕަޓީއެއް ވިއްކާލާނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމައެވެ. ސަރުކާރުން ހުއްދަ ދޭނަމަ ހުއްދަ ދޭނީ އެކަމަށް ކަޑައެޅިފައިވާ ފީ ނެގުމަށްފަހުގައެވެ. އެހެން ކަމުން އޮޓަމެޓިކުން ވާރުތަވާނޭ ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފުވާހަކައެކެވެ." 

    މިނިސްޓަރ މުއްތަލިބުގެ ދެކޮޅު ނުޖެހޭ އެ ވާހަކަފުޅަށް އެންމެ ވަރުގަދަ ރައްދެއް ދެއްވީ ގައުމީ ބޮޑެތި މައްސަލަތަކުގައި ސިޔާސީ ވަކި ފިކުރަކަށް ބުރަވެ ވަޑައިނުގެން ސޯޝަލް މީޑިއާގައި އަޑު އުފުއްލަވާ މިދުއަމު ސައުދެވެ. 

    މިދުއަމު ވިދާޅުވަނީ "އަޅުގަނޑު ތިތަނުން ގަންނަ ޕްރޮޕަޓީއެއް 98 އަހަރު ބޭނުން ކުރުމަށް ފަހު އަޅުގަނޑު ނިޔާވެއްޖެ ނަމަ ދަރިއަށް ވާރުތަ ވަނީ ބާކީ އޮތް އެއް އަހަރެވެ. ވިއްކިޔަސް އަލަށް ގަންނަ މީހާއަށް ލިބޭނީ ބާކީ އޮތް މުއްދަތެވެ. އެއީ ދިވެހިރާއްޖޭގައި ބޭރު މީހުން 99 އަހަރަށް ނަގާ އެހެން ތަންތަނުގައި ކަން ހިނގާ ގޮތެވެ. މިއަދާއި ހަމަޔަށް މިކަން ހިނގި ގޮތެވެ."

    މިދުއަމް މުއްތޮލިބަށް ދެއްވި ރައްދުގައި " މިނޫން އާ ކޮންކަމެއް ތި ރަސްމާލޭގައި ހިނގާތީތޯ ރަސްމަލޭ އިން އަޅުގަނޑު 99 އަހަރަށްަ ގަތް ތަން 98 އަހަރު ފަހުން ދަރިފުޅަށް ވާރުތަވީމަ އެ ދަރިފުޅަށް އިތުރު 99 އަހަރު ލިބެނީ؟ ނޫނީ އެހެން ބަޔަކަށް ވިއްކާލީމާ އެބަޔަކަށްވެސް އަލުން އަނެއް 99 އަހަރު ލިބެނީ؟ " ކީއްވެތޯ ސުވާލު ކުރެއްވިއެވެ.

    "މިކަން މިހެން ކުރާނީ “ސަރުކާރުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު” ކަމަށް މަނިކުފާނު (މުއްތޮލިބު) ވިދާޅުވެފައިވާތީ އަހާލަމެވެ. ބަލަން ޖެހޭ ކަންތައް ތަކަކީ ކޮބައިހެއްޔެވެ؟ އެކަމާއި ގުޅޭ ގާނޫނެއް ގަވައިދެއްގެ ރިފަރެންސްއެއް ދެއްވެވި ދާނެތޯ؟ އެއީ ތި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ދިވެހިންނަށް އަންގާލާން ޖެހޭ ކަމެއް ކަމަށް ރޭކާ ނުލާތޯ؟" އޭނާ ސުވާލު އުފެއްދެވިއެވެ.

    "މިސާލަކަށް، އީގަލް ހިލްސްއަށް ފައިސާ ދީފައި ރަޝިޔާ ޔަހޫދީ އަކު ރަސްމާލެއިން ވިލާއެއް ގަތީއެވެ. އޭނާ މަރުވެ ވާރުތަ މުދާ ބަހަން ޖެހި، އެވިލާ ވާރުތަ ވާނީ ކާކަށްތޯ ކަނޑައަޅަން ބަލާނީ ރާއްޖޭގެ ހައުސިން މިނިސްޓްރީން ހަދާ ގަވައިދަކަށްތޯ ނުވަތަ ރަޝިޔާގެ ގާނޫނާއި ގަވައިދަށްތޯ؟ އޭނަގެ ދަރިއަށް އެތަން ވާރުތައިން ދިނީމާ، އެހެން އެކަން ނުކުރެވޭނޭ ކަމަށް ދިވެހިރާއްޖެ އަށް ބުނެވޭނެތޯ؟ ވާރުތައިން އެތަން ދެވޭނެ ފަރާތް އަދި ގޮތް ނިންމާނީ ދިވެހި ސަރުކާރުން ބަލަން ޖެހޭ ކަންކަން ބެލުމަށަް ފަހުއޭ ބުނެވޭނެތޯ؟ މި ކަމުގެ ތެރެއަށް ދިވެހި ސަރުކާރުން ވަންނަން ޖެހިގެން މިއުޅެނީ ކިއްވެތޯ؟ މިކަން ހިނގާގޮތް މި މަޝްރޫއަށް 20 ބިލިއަން އިންވެސްޓު ކުރަން ކަނޑައެޅި ކުންފުންޏަށް އޮޅިގެން އުޅެނީ ކީއްވެތޯ؟" މިސާލު ޖައްސަވަމުން މިދުއަމު ސައުދު ވިދާޅުވިއެވެ.

    ]]>
    Mon, 28 Sep 2026 12:44:13 +0500 މުއާޒު
    ބޭރުގެ އޮޕަރޭޓަރުން ރަޖިސްޓްރީވާން މަޖުބޫރު ކުރުމަކީ ފޫ ނުބެއްދޭނެ ގެއްލުމެއް: އެމްޑީޕީ https://heerasnews.com/4616 https://heerasnews.com/4616

    ދިވެހިރާއްޖެއަށް ފަތުރުވެރިކަމުގެ ހިދުމަތްތައް ފޯރުކޮށްދޭ ބޭރުގެ ޓުއަރ އޮޕަރޭޓަރުން، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަށް އެކުލަވާލާފައިވާ އާ ގަވާއިދުތަކުގެ ސަބަބުން، ނިސްބަތުން ބޮޑެތި އިދާރީ ތަކުލީފުތަކެއް އުފުލަންޖެހިފައިވާ ކަމަށް ދެކޭކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. ސަރުކާރުގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ޓެކްސްގެ އުސޫލުތަކާ ހިލާފު، އަދި ބޯޑަރު ހުރަސްކޮށް ފޯރުކޮށްދޭ ފަތުރުވެރިކަމުގެ ޚިދުމަތްތަކަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

    ބޭރުގެ ޓުއަރ އޮޕަރޭޓަރުން މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމާ ދެކޮޅަށް ނެރުނު ބަޔާން ބުނާ ގޮތުގައި " ބޭރުގެ އޮޕަރޭޓަރުންގެ ދާއިމީ އެއްވެސް މަރުކަޒެއް، އޮފީހެއް ނުވަތަ މުވައްޒަފުންނާއި މުދަލެއް ރާއްޖޭގައި ނުހުރެއެވެ. އެފަރާތްތަކުގެ ވިޔަފާރީގެ މުއާމަލާތްތައް ހިނގަނީ ރާއްޖޭން ބޭރުގެ ބައިނަލްއަގުވާމީ ބާޒާރުތަކުގައެވެ. އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގެ ވީއޭޓީ/ޖީއެސްޓީ އުސޫލުތަކާއި ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެވިފައިވާ 'ޑެސްޓިނޭޝަން ޕްރިންސިޕަލް' އާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ އިހުތިސާސް ލިބިގެންވަނީ އެ ހިދުމަތެއްގެ އެންމެ ފަހުގެ ބޭނުން ހިފާ ގައުމަކަށެވެ. ޚިދުމަތުގެ ބޭނުންކުރުން މުޅިންވެސް ރާއްޖޭން ބޭރުގައި ހިނގާ މުއާމަލާތްތަކުން ޖީއެސްޓީ ނެގުމަކީ ބައިނަލްއަގުވާމީ އުސޫލުތަކާ ފުށުއަރާ ކަމެކެވެ."

    މީރާގެ ގަވާއިދުތަކުން ޓެކްސް އެޖެންޓުންގެ ގޮތުގައި މަސައްކަތްކޮށް، ކޮންމެ މަހަކު ރިޕޯޓް ހުށަހަޅައި، ރާއްޖޭގައި މަންދޫބުން އައްޔަންކުރުމަށް ބޭރުގެ އޮޕަރޭޓަރުންނަށް މަޖުބޫރުކުރާކަމަށާއި މިއީ ބެލެނިވެރި ޖީއެސްޓީ ގާނޫނުގެ އިމުން ބޭރުން، ރާއްޖޭގައި އެއްވެސް ވިޔަފާރީގެ ދާއިމީ ބިނާއެއް ނެތް ފަރާތްތަކެއްގެ މައްޗަށް ބުރަބޮޑު އިދާރީ ނުތަނަވަސް ކަންތައްތަކެއް ކުރިމަތިކުރުވުމެއް ކަމަށްވެސް އެމްޑީޕީގެ ބަޔާން ބުނެއެވެ.

    މިގޮތަށް ރަޖިސްޓްރީވުން މަޖުބޫރުކުރުމަކީ 'ޖެނެރަލް އެގްރީމަންޓް އޮން ޓްރޭޑް އިން ސާވިސަސް' (ގަޓްސް) ގެ އުސޫލުތަކާ ހިލާފު ކަމެއްކަމެއްކަން ބަޔާން ކުރަމުން އެމްޑީޕީން ބުނަނީ އެ އެއްބަސްވުން ކަށަވަރުކޮށްދެނީ ގައުމެއްގައި ދާއިމީ އޮފީހެއް ގާއިމުކުރުމަކާ ނުލައި ބޯޑަރު ހުރަސްކޮށް ހިދުމަތް ފޯރުކޮށްދިނުމުގެ މިނިވަންކަމަށެވެ. އެކަމަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ހަމަތަކާ ނުބައްދަލު ވިޔަފާރީގެ ހުރަހެއްކަންވެސް އެޕާޓީން ފާހަގަކުރެއެވެ.

    އެމްޑީޕީން ގަބޫލުކުރާ ގޮތުގައި، މިފަދަ ހުރަސްތަކުގެ ސަބަބުން ބޭރުގެ އޮޕަރޭޓަރުން ޔޫރަޕިއަން ކޮމިޝަނަށާއި އެ ގައުމުތަކުގެ ސަރުކާރުތަކަށް މައްސަލަ ހުށަހަޅައި، ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ (ޑަބްލިއުޓީއޯ) ގައި ރާއްޖޭގެ ނިންމުމަކީ ތަފާތުކުރުންތަކެއް އެކުލެވޭ، ބައިނަލްއަގުވާމީ ހަމަތަކާ ހިލާފު ނިންމުމެއްގެ ގޮތުގައި ވަކާލާތުކުރާނެއެވެ. މީގެ ނޭދެވޭ އަސަރު ދިވެހި ފަތުރުވެރިކަމަށާއި މުޅި އިގުތިސާދަށް ކުރާނެއެވެ.

    ރާއްޖެއިން މި ނިންމުން ދަމަހައްޓާ ނަމަ، ބޭރުގެ އޮޕަރޭޓަރުން އެ ގައުމުތަކުގެ ސަރުކާރުތަކާއި މާލީ އިދާރާތައް މެދުވެރިކޮށް، 'ސްވިފްޓް' ނިޒާމުން ރާއްޖެ ވަކިކުރުމަށް ނުވަތަ ރާއްޖެއަށް އޮންނަ ފުރުސަތުތައް ހަނިކުރުމަށް ބާރުއެޅުމުގެ ފުރުސަތު އޮތްކަންވެސް އެމްޑީޕީން ފާހަގަކުރެއެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރީގެ އުސޫލުތަކާ ހިލާފުވުމާއި އިދާރީ އެހީތެރިކަމުގެ އެއްބަސްވުންތައް ނެތުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށާއި ސްވިފްޓް ނިޒާމާ ރާއްޖެ ވަކިވުމަކީ ފަތުރުވެރިކަމުގެ ސިނާއަތް އިނދަޖެހި، ގައުމުގެ އިގުތިސާދަށް އިއާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

    ގާނޫނީ އަދި މާލީ ކަންބޮޑުވުންތަކުގެ އިތުރުން، މި ގަވާއިދުގެ ފަހަތުގައި އޮތް ފިކުރީ މަގުސަދުތަކާ މެދުވެރިކޮށް ވެސް ބޭރުގެ އޮޕަރޭޓަރުން ސުވާލު އުފައްދާކަން ފާހަގަ ކުރަމުން އެމްޑީޕީން ބުނީ މިހާރުގެ ސަރުކާރުން ސަލަފީ ފިކުރުގެ ގްރޫޕުތަކާ ގާތް ގުޅުމެއް ބާއްވާއިރު، އެ ފަރާތްތަކުން ދެކޭ ގޮތުގައި މިހާރު ރާއްޖޭގައި އޮތް ފަތުރުވެރިކަމުގެ މޮޑެލްއަކީ ހަރާމް މޮޑެލެއްކަން ދޭހަވާކަން ފާހަގަ ކުރިއެވެ.

    ފަހަކަށް އައިސް ސަރުކާރުގެ އިސްވެރިން "ހަލާލް ޓޫރިޒަމް" ފުޅާކުރުމަށް ވާހަކަދައްކަވައި، އެ ފިކުރަށް ބާރުދޭ ސިޔާސަތުތައް ތައާރަފުކުރަމުން ދާ ދިއުމުން، މި ރަޖިސްޓްރީވުމުގެ މަޖުބޫރުކަމަކީ ހަމައެކަނި ބޭރު ފައިސާ ހޯދުމުގެ ވަސީލަތެއް ނޫން ކަމަށާއި، އެއީ މިހާރު އޮތް ފަތުރުވެރިކަމުގެ ނިޒާމު ރޫޅާލައި، ވަކި ފިކުރީ އުސޫލުތަކަކަށް ބަދަލުކުރުމަށް ރޭވިގެން ހިންގާ އަމަލެއް ކަމުގައި ބައިނަލްއަގުވާމީ ފަރާތްތަކަށް ސިފަކުރެވިދާނެކަމަށް ވެސް އެމްޑީޕީން ދެކެއެވެ. ޔޫރަޕްގެ ގައުމުތަކުގައި މިކަމާ ދެކޮޅަށް ކުރެވޭ ވަކާލާތުތަކުގައި، މިއީ ހަމައެކަނި ޓެކްސްގެ ނިންމުމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ތާރީހީ ފަތުރުވެރިކަމުގެ މޮޑެލްއާއި ބައިނަލްއަގުވާމީ އިންވެސްޓަރުންގެ މަސްލަހަތަށް އޮތް ސިޔާސީ ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރެވޭނެ ކަމެއްކަންވެސް އެމްޑީޕީގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

    ބޭރުގެ ޓުއަރ އޮޕަރޭޓަރުން، މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަކީ ބޯޑަރު ހުރަސްކޮށް ކުރާ ވިޔަފާރީގެ ހަމަތަކުން ބޭރު، ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފުމެއް ކަމަށް ބަޔާން ކުރަމުން އެމްޑީޕީން ބުނަނީ އޮޕަރޭޓަރުން ގާނޫނީ ގޮތުންނާއި، ޑިޕްލޮމެޓިކް އަދި މާލީ ދާއިރާއިން މިކަމާ ދެކޮޅަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އެ ގުޅިގެން ކުރެވޭ މަސައްކަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރަކީ ބައިނަލްއަގުވާމީ ފަރާތްތަކަށް ހުޅުވިފައިވާ، އަދި ނުބައްދަލު ބުރަތަކެއް ނެތް ތަނެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، މި ނިންމުމުގެ ފަހަތުގައިވާ ފިކުރީ މަގުސަދުތައް ހާމަކުރެވޭނެކަމަށް އެމްޑީޕީން ބުނެއެވެ. މި މައްސަލައަކީ އިގުތިސާދީ އަދި ސިޔާސީ ނުރައްކަލެއްގެ ގޮތުގައި ބައިނަލްއަގުވާމީ މައިދާނުގައި ސިފަކުރުމުން، ދިވެހި ސަރުކާރުގެ މިފަދަ ނިންމުންތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ޕްރެޝަރު އިތުރުކުރެވޭނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

    ]]>
    Fri, 25 Sep 2026 23:23:08 +0500 މުއާޒު
    ފަޒްލާއެކު ގެއްލުނު ސްޕައިން ރަމްޒުކޮށްދޭ ހުޅުމާލޭ އާބަން އައިލް https://heerasnews.com/4615 https://heerasnews.com/4615 މުއިއްޒު ރައީސް ކަމާ ހަވާލުވެ ފުރަތަމަ އުދުއްސައިގަތް އެއްތަނަކީ ޗައިނާއެވެ. ކެބިނެޓްގެ ބޮޑުފައުޖަކާއި މުޅިސަރުކާރުހެން އެދަތުރުގައި ބައިވެރިވިއެވެ. އެއްމެން އެއްވާނެއްގައި އެދަތުރުގައި ޗައިނާއަށް ދިޔައީ ތަރައްގީގެ މަޝްރުއުތައް ބަަލައެވެ. އެދުވަސްވަރުގެ ހަބަރުތައް ކިޔާލުމުން ހިތްފުރެގެން ދެއެވެ. އެތައް މިލިޔަންޑޮލަރުގެ ބިޔަ މަޝްރޫއުތައް ރާއްޖެއަށް އަންނާތީއެވެ. 

    ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެތަރައްގވެ ދުބާއިއަށް ދޫނުކުރާނެތީ ހުރެވުނީ އުފަލުން ފޮޅިފައެވެ. ފަތުއަޑު ކިޔާފައި ސޮއިކުރި އެމްއޯޔޫތަކާއި އެއްބަސްވުންތަކުގެ ފޮނިމީރު ލަހެއްނުވެ ފެނިގެން ދާނެއތީއެވެ. އެހުރިހާ މަޝްރޫއަކުން ލިބޭނެ މޮޅާ ވާނެތަރައްގީ ހިތްމައްޗަށް ގެނެސް ގަންނަން ދައްޗެވެ.

    ރައީސް މުއިއްޒުގެ ޗައިނާ ދަތުރުފުޅުގައި ސޮއިކުރި އެއް އެއްބަސްވުމަކީ ހުޅުމާލެގައި ޓޫރިޒަމް ޒޯންގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" މަޝްރޫއުގައި ހިމެނޭ "ސްޕައިން" ރަމްޒުކޮށްދޭ ހަތް އިމާރާތެއް އެޅުމެވެ.

    ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގުރޫޕާ އާއި އަރބަންކޯ (އެޗްޑީސީން) ސޮއިކުރި އެބޮޑުބިޔަ މަޝްރޫއަކީ 50 މިލިޔަން ޑޮލަރުގެ މެގަ ޕްރޮޖެކްޓެކެވެ. ފަޒްލު ރަޝީދު ސޮއިކުރި އެ މަޝްރޫއަކީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ސޮއިކުރި މަޝްރޫއެކެވެ. 

    ހުޅުމާލޭގެ ޓޫރިޒަމް ޒޯނުގެ ގޮތުގައި ތަރައްގީ ކުރާ "އާބަން އައިލް" ގައި ވިޔަފާރި ހަރަކާތްތަކަށް ހާއްސަ އިމާރާތްތަކެއް އެޅުމަށް ވަނީ ޕްލޭންކޮށްފައެވެ. އެތަނުގައި ހަދާ ކޮމާޝަލް އޭރިއާއަކީ ޓޫރިޒަމް އޭރިއާގެ ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ހިދުމަތްތައް ދޭން ހަދާ ބައެކެވެ.

    ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާޒިިރުގައި 9 ޖެނުއަރީ 2024 ގައި ފުޖިއާން ޕްރޮވިންސްގައި ސޮއިކުރެވުނު އާބައިން އައިލް މިހާރު ކޮބާހެއްޔެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި މަރުކަޒުގެ ގޮތުގައި "އާބަން އައިލް" މަޝްރޫއު ތަރައްގީކުރާއިރު އެތަނުން ތަފާތު ވިޔަފާރިތަކަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އާބަންކޯ އިން އޭރު ބުންޏެވެ.

    ކޮމާޝަލް ސްޕައިންގެ ނަމުގައި ހިންގާން ނިންމި ބޮޑު މަޝްރޫއު ހުޅުމާލޭގައި ހިންގާ ތަނެއް ނުފެނެއެވެ. ދެ އަހަރު ދުވަހުގެ ތެރޭ ނިންމާން ވީ އެއްބަސްވުން ފަޒުލާއެކު ވަޅުޖެހީހެއްޔެވެ. ނޫނީ އެކުރެވުނު ސޮޔަކީ އަސްލެއްނެތި ކުރަހާލި ފަޓޯއެއް ހެއްޔެވެ.

    އެބުނި ސްޕައިން ރަމްޒުކޮށްދޭ ހަތް އިމާރާތް ހިމެނޭ އާބަން އައިލް އެއް އަދިއެއް ވުޖޫދަކުނެތެވެ. ސޮއަށް ދެއަހަރުވެގެން ހިނގައްޖެއެވެ. ތިންވަނަ އަހަރު ފުރެންދާއިރު އާބަން އައިލް ގެ ހިލަންވެސް ނެތެވެ. މުއިއްޒުގެ ދޮގު ސިލްސިލާގެ މިއޮތީވެސް ބޮޅެކެވެ.

    ]]>
    Fri, 25 Sep 2026 10:38:03 +0500 މުއާޒު
    ގަންނަން އަތުވެއްޖެއްޔާ ހުކުރުމިސްކިތާއި މުންނާރުވެސް ވިއްކާލާނެ! https://heerasnews.com/4612 https://heerasnews.com/4612 ބޯހިޔާވަހިކަމަށް ހައްލު ހޯދާދިނުމުގެ ނަމުގައި މުއިއްޒު ހިއްކަންފެށި ފުށިދިއްގަރުފަޅުން ހިއްކަން ނިންމާފައިވާ ސަރަހައްދުން 1/2 އަބޫދާބީ ކުންފުންޏަކަށް ދިނުމަކީ ރަސްމާލެއަކީ އެއްވެސް ޕްލޭނެއް އުސޫލެއްނެތި ހިއްކަންފެށިތަނެއްކަން ކަށަވަރުވެގެން ދިޔަކަމެކެވެ. މުއިއްޒު ވެރިކަމަށް އެރިގޮތަށް އަރާ ބަޖެޓްވެސް ނެތި ފުށިދިއްގަރުފަޅު ހިއްކަން ދިމާކުރީ ގޯތި ގެދޮރުނެތް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭންނޫންކަން ކަށަވަރުވީއެވެ. 

    ރައީސް ސޯލިހުގެ ވެރިކަމުގައި މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ނުދީ އެ ގޯތިތައް ރަސްމާލެއަށް ބަދަލުކޮށް ނުދީ ދަންމާލަން ޖެހި ޗައްކަރަކަށް ނޫނީ ރަސްމާލެ ހިއްކުންނުވެއެވެ. ބިއްލޫރި ޓަނަލް އަޅާދޭނެކަމުގެ ހުވަފެން ދައްކައިގެންވެސް މުއިއްޒު އުޅުނީ މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމަށެވެ. ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ނުދީ އެގޯތިތައް ރަސްމާލެއަށް ބަދަލުކޮށް މާލެ ސަރަހައްދުގެ އެބިންތަކަކީ ވެރިން ކިރުފެލާ ގެރިއެއްގެ ގޮތުގައި ބޭއްވުމަށް ރޭވި ހީލަތްތެރި ރޭވުން ކާމިޔާބު ނުވުމުން މިހާރު ރަސްމާލެ ވިއްކާލުމަށްވުރެ މޮޅު އެހެން ގޮތެއް މުއިއްޒަކަށް ނެތެވެ. 

    ނަރަކައަށް ދަރުކޮށިއަސް ޔަހޫދީންނަށް ފަންޑްކުރިޔަސް މުއިއްޒަށް ރަސްމާލެ ވިއްކާލުންނޫން ގޮތެއް ނެތެވެ. އެތެރެއާއި ބޭރުގެ ދަރަނި ބޮޑުވެގެން ގޮސް ބޯހިކޭކަށް ނެތެވެ. ކާޑާއި ބޭހާއި ތެލާ ގަންނާނެ ފަދަވެސް ސަރުކާރުގައިނެތެވެ. ސަރުކާރު މުއައްޒަފުންނަށް މުސާރަދެވޭނެ ގޮތެއްނެތެވެ. ސަރުކާރު ކުންފުނިތަކާއި ޕެންޝަން ފަންޑް ހުސްވެއްޖެއެވެ. ޓީ ބިލެއް ބޮންޑެއް ގަންނާނެ ބަޔަކު ނުވިއެވެ. ލޯނެއް ހިލޭ އެހީއެއް ހޯދަން ދާނެ ތަނެއް ނެތެވެ. 

    ކިތަންމެ ވަރުގަދަ އެއްބަސްވުމެއް ހަދައިގެން ވިޔަފާރިކުރިޔަސް ރާއްޖޭގައި ބޭރު ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިވެރިން ހިންގާ ރިސޯޓުތަކަކީ ސަރުކާރުގެ މިލްކުކަމަށް ބުނެ އެތަންތަނުން ލިބޭ އާމްދަނީއަކީ ސަރުކާރަށް ބޭނުންވުމުން ބޭނުންހާ ގޮތެއް ހެދޭނެ އެއްޗެއް ކަމަށް ބުނެ ޓޫރިޒަމް އިންޑަސްޓްރީ ފުނޑާލަން މަސައްކަތްފެށީ މިދާކަށް ދުވަހުއެވެ. ބައިނަލްއަގުވާމީ ޓްރެވެލް އެޖެންޓުންނާއި ޓުއަރއޮޕަރޭޓަރުންނަށް ޓެކްސް ދައްކަން މަޖުބޫރު ކުރުވީ އިހައްދުވަހުއެވެ. އެގޮތަށް ސަރުކާރަށް އަތްދަރާ ނުލެވޭގޮތަށް އޮތް ދެ ކުންފުނި ކަމަށްވާ ދިރާގާއި އެމްޑަބްލިޔުއެސްސީ ގެ ބޭރު ހިއްސާތައް އަތުލަން އުޅެގަތީ މިމަހުއެވެ. ދިރާގާއި އެމްޑަބްލިޔުއެސްސީ އަތް ބާރު ފޯރުވާ އެ ދެ ކުންފުނި ނޮޅާލަން ވެސް ދެއްކީ ގައުމުގެ މިލްކިއްޔާތު ބޭރުބައެއްގެ އަތްމަތީގައި ނުބޭއްވުމުގެ ބަހަނާއެވެ. މި ހުރިހާކަމެއްގެ ފަސްމަންޒަރަކީ އެންމެ ކަމެކެވެ. ދައުލަތް ހިންގޭ ވަރަށް ފައިސާ ނެތުމެވެ. 

    ރަސްމާލެ ވިއްކާލާތީ ހައިރާނެއް ނުވެއެވެ. މުއިއްޒުގެ ބޫތުކެއުން ހުރި މިންވަރާއި އިސްރާފާއި ކޮރަޕްޝަނާއި ގައުމަށް މުއިއްޒު ޖައްސާފައި އޮތް ހާލުން ކޮންމެ ތަނެއްވެސް މުއިއްޒު މިހާރު ވިއްކާލަފާނެއެވެ. ބަނޑޭރިކޮއްޓާއި މުލިއާގެއާއި ހުކުރުމިސްކިތާއި އިސްލާމީމަރުކަޒު ގަންނަން ބަޔަކުއަޔަސް ކުޑައަގަކަށް އެތަންތަން މުއިއްޒު މިހާރު ވިއްކާލާނެއެވެ، 

    ]]>
    Wed, 23 Sep 2026 06:16:42 +0500 މުއާޒު
    ގެއްލުނު ފަހުން 3 އަހަރު: ތަސްލީމަށް ވީގޮތް ސަރުކާރަށް ބުނެއެއް ނުދެވުނު! https://heerasnews.com/4611 https://heerasnews.com/4611 ރައްޓެހިންނާއެކު މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުދިޔަ މ. އަސަރީހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދަށް ވީ ކިހިނެއް ހެއްޔެވެ. އޭނާގެ މަތީން ހަދާން ހުރި މީހަކު އެބަހުރިހެއްޔެވެ. 

    ތަސްލީމު ގެއްލިގެން ރިޕޯޓްކުރިތާ 3 އަހަރުވެގެން ދިޔައީއެވެ. ހޯދާ ހޯދާ އޭނާގެ ހަބަރެއް ވީކަމަކަށް ނުވިއެވެ. އޭނާ ގެއްލުނީ ކަމެއް ގެއްލުވާލީކަމެއް ނޭގުނެވެ. ގެއްލިގެން މީހަކު ހޯދުމުގެ އިތުރަށް އެކަމުގައި ޖިނާއީ އެއްވެސް ކަމެއް ހިމެނޭތޯ ބެލުމަށް ތަހުގީގެއް ފެށިކަމަށް ވެސް ބުންޏެވެ. 

    ތަސްލީމުގެ ފޯނު ޕޮލިހަށް ލިބި އެ ފޯނުގެ ފޮރިންސިކް ތަހުލީލެއް ހެދިއެއް ނުހެދިއެއް ނޭގެއެވެ. ދަތުރު ދިޔަމީހުންނާއި ސުވާލުކޮށް ތަހުގީގަށް ލީޑެއް ލިބުނެއް ނުލިބުނެއް ނޭގެއެވެ. ތަސްލީމަށް ވީގޮތެއް ހޯދުނު ކަމަކަށް ދިވެހި ފުލުހުންނަކަށް ނުވިއެވެ. ހާދިސާއެއް ހިނގުމުން ނިކަން ފާޓުފުޅާކޮށް އެކަމަކާ އުޅޭކަމަށް ދައްކައެވެ. އާހިރުގައި ގޮސްނިމެނީ ނަތީޖާއެއް ނުލިބި ބޮނޑު ނިގުލަށެވެ. 

    ނޭވަޔަކު ދެކޮޅު ބަޔަކު އެވާހަކައެއް ނުދައްކަންޏާ ކަމެއްގެ ހަގީގަތް ހާމަކޮށް އިންސާފު ހޯދާދިނުމަކީ ދިވެހި ފުލުހުންގެ ކިބައިން ފެންނަ ކަމެއް ނޫނެވެ. ރާއްޖޭގައި ހިނގާފައިވާ ގޮތްނޭ މަރުތަކާއި ގެއްލިފައިވާ މީހުންނަށް އިންސާފު ލިބި ދިނުމަކީ ދަންނަކަމެއް ނޫން ކަހަލައެވެ. ދައުލަތުގެ ކުރިމަތީގައި ރައްޔިތު މީހާގެ ނަފްސަކީ އަގެއް ހުރި އެއްޗަކަށް ނުވަނީއެވެ. 

    އިންސާފު ނުލިބިފައިވާ އެތައް މަރަކާއި ގެއްލިފައިވާ އެތައް ބަޔަކު ތިބުމުން ދައުލަތެއް އޮތުމުގެ ބޭނުމެއް އޮތެކޭ ހިއެއް ނުވެއެވެ. ގޮތް ނޭނގޭ ގޮތްގޮތަށް މަރުވެފައިވާ މީހުންނާއި ގެއްލިފައިވާ އެހެން ގިނަ މީހުން ފަދައިން ތަސްލީމަށް ވީގޮތް އަދިވެސް އޮތީ ބޮޑު ސުވާލެއްގެ ތެރޭގައެފެ. އިންޓަރޕޯލުން ރެޑްނޯޓިސް ނެރެގެން ފެންނަނަމަ މިހާރު ފެނެއްޖައީހެވެ. ތަސްލީމަށް އިންސާފު ހޯދާދިނުމުގައި ތިން އަހަރުވެގެން ދިޔައިރު ވެސް މުއިއްޒު ސަރުކާރުވަނީ ފޭލިވެފައެވެ.

    ]]>
    Wed, 23 Sep 2026 04:31:25 +0500 މުއާޒު
    މުއިއްޒު ނުހުއްޓުވާ ރަސްމާލެ ވާހަކަ ދެއްކުމުގެ މާނައެއްނެތް https://heerasnews.com/4603 https://heerasnews.com/4603 ކޮށްފައި ނުކުރާނެ އެއްވެސް ކަމެއް މުއިއްޒު ނުއޮންނާނެކަން އެނގެންވީ ކޮންމެ ކަމެއް ކުރީމައެއް ނޫނެވެ. މުއިއްޒުގެ ހިތަށް އެވަގުތަކު އެރިގޮތަކަށް ކަންކުރީ ރަސްމާލެ ވިއްކުމުގައި އެކަންޏެއް ނޫނެވެ. ރަސްމާލެ ހިއްކަން ނިންމި ހިސާބުން ރަސްމާލޭގެ ކަންކަން ކުރަމުންއައީ މުއިއްޒު ހިތުހުރި ގޮތަކަށެވެ، ބަޖެޓް ނެތީސް ރައިއްޔަތުންގެ ފައިސައިން ލޯލާރިއެއްވެސް ހަރަދުނުކޮށް 8 މަސްތެރޭގައި ރަސްމާލެ ހިއްކާ ނިންމާނެ ކަމަށްބުނެ އެކަން ފެށީއްސުރެ އެކަމުގައި ކޮށްފައި ނުކޮށްއޮތީ ކޮންކަމެއްހެއްޔެވެ.

    ރަސްމާލެއާއި މާލެ އާއި ދެމެދު ކަނޑުއަޑިން ބިއްލޫރި ޓަނަލް އަޅައިފިއެވެ. އެކޯސިޓީއެއްގެ ގޮތުގައިވެސް ރަސްމާލެ ތަރައްގީކޮށް ނިންމައިފިއެވެ. ދުނިޔޭގެ އެންމެ ބޮޑު ދެ ޖައްރާފު ގެނެސްގެން އެތާ ބަކަ ތަޅުވައިފިއެވެ. އެންމެފަހުން ވިއްކާލަންވީމާ ވިއްކާވެސް ލަނީއެވެ. މުއްދަތެއް، އަގެއް، ނެގިކަޓެއް، އެކަން ކުރާގޮތެއް ނޭނގިގެން މިހާރަކު އުޅުމުގެ ބޭނުމެއް ނެތެވެ. އެކަހަލަ އެހެން ކަމެއް ތިލަވަންދެން މިހާރަކު އެވާހަކަ ދައްކާލަ ދައްކާލަ ތިބުމުގެ މާނައެއް ނެތެވެ.

    ވެރިކަމަށް އަންނަންވެސް ވިއްކީ ދުނިޔޭގެތާކު މީހަކު ނުވިއްކާނެހާ ބޮޑެތި ބިޔަ ދޮގުތަކެވެ. ވެރިކަމަށް އެރުމަށްފަހު ވެސް ހަދަނީ ދޮގެވެ. ލަނީ އޮޅުވައެވެ. ވަނީ ހިޔާނާތެވެ. ވަކި އައުކަމެއް މިހާރަކު ނުހިނގައެވެ. މުއިއްޒު ކުރާ ކޮންމެ ކަމެއް ދަނީ އިންޑިއާ ސިފައިން ބޭލުމަށެވެ.

    ފޯޅަވައްސާއި ގެއްލުނު ކަނޑު ހޯދާދީ ނިމިގެން އާޒިމާ ޝަކޫރަށް ދައުލަތުން ބޮޑު މުސާރައެއްދޭން ސަރަހައްދުތަކާ ބެހެން އޮފީހެއް ހަދާދީގެން މަތިބަރު ސަރުކާރުގެ ހަރަދު ކުޑަކޮށްފިއެވެ. ޑްރޯނުގެނެސްގެން އިންޑިޔާ ދެހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ފޮނުވާލިގޮތް ދުށީމު ނޫން ހެއްޔެވެ. މޯލްޑިވިއަން ބޯޓެއްގައި ކުރަހައިގެން އެއަރ އެމްބިއުލާންސް ބޭންކޮކަށް އުދުހުނުތަން ނުދެކެމު ހެއްޔެވެ. ފުނަދޫ ބޮޑުމޯލާއި ގުޅުވާ އެޅި މޮނޯ ރޭލް ފަތުއަޑު ކިޔާފާ އެހެރަ ދުވަނީއެވެ.

    ހުޅުލޭ ހަލި މަގުގައި ހުރި ސޯލާޕެނަލް ހަރުތައް މިހާރު ކޮބައިހެއްޔެވެ. އައްޑޫ ބުރިޖާއި ތިނަދޫ ފްލޯޓިންގ ޓާމިނަލް އެއަރޕޯޓް ފެންނަން ނެތީހެއްޔެވެ. ހުޅުމާލެ ފިނޭންޝަލް ހަބް އެހުރީ ބުރުޖު ހަލީފާ ފަށްފަށް ކޮށްލާ ހިސާބުގައި ނޫން ހެއްޔެވެ. ކޮނޑުހުޅުން ނެއްޓެންދެން އަތް ނުޖަހާންވީ ކީއްވެހެއްޔެވެ.

    ޓޫރިޒަމްގެ ޓެކްސްތަކާއި ފީތައް ބޮޑުކޮށް ވިޔަފާރީގެ އާމްދަނީ ބަހައްޓަންވީ ތަންނާއި ކުރަންވީ ކަންކަން ބުނެ، އިސްތިހާރުކޮށްދޭ މީހުން ނޮޅާލަން ދިމާކުރީމާވެސް ތިބެނީ ހަމަ ދެން ކީއްކުރާނީގައެވެ. ހާބަރު ކަޑަތައް ނަގަން އަންގާ ސަރުކާރުން ވާ އެއްބަސްވުންތަކަށް އިހުތިރާމެއްނެތި ބޭރާއި އެތެރޭގެ އިންވެސްޓަރުންނަށް ދައުލަތުގެ އިތުބާރު ކެނޑިދިޔަސް ބޮޑު ވަރިހަމައެވެ.

    މަޖީލީހުގައި ބައިންޖަހާ ފަނޑިޔާރުންގެ މުގުރު އަތަށް ނަގާ އޭސީސީ ވާގިނައްތާލާ މީޑިއާ ކަނުބަދެލީ މާވެސް މިތިބީ ދެން ކީއްކުރަނީގައެވެ. ބައިއަޅައިގެން ދައުލަތް ބަހާ ކައިނިންމާލިޔަސް ބާރު ބާރަށް ދެދުވަހަކު އެވާހަކައެއް ދައްކާލުމަށްފަހު މިތިބެނީ ކުޅި ބަލާށެވެ. ރަސްމާލެ ވިއްޔާ ވަކީންވާނީ ކޮންގޮތެއް ހެއްޔެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ހަދާނެ އެއްޗެއް ހަދަމުން ދާއިރުވެސް ކުރާނެކަމެއް އޮންނަ ކަމަށްވަނީއެއް ނޫނެވެ.

    ]]>
    Mon, 21 Sep 2026 23:33:01 +0500 މުއާޒު
    ބްލީ ކުރުން ދޫކޮށްނުލާ އެމްޑީޕީ ވެސް މޮޅެއް ނުވާނެ! https://heerasnews.com/4602 https://heerasnews.com/4602 އެމްޑީޕީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫނެވެ. އެމްޑީޕީއަކީ މެންބަރޝިޕް ވަކިބައެއްގެ މައްޗަށް ހުއްޓި ހިފެހެއްޓިފައިވާ ޕާޓީއެއްވެސް ނޫނެވެ. އެމްޑީޕީ އުފެއްދި އެންމެންނަކީ މިހާރަކު އެމްޑީޕީ މީހުނެއްވެސް ނޫނެވެ. އެމްޑީޕީއަކީ ފިކުރުގައި ދިރުން ހުރި ޕާޓިއެކެވެ. އުސޫލުތައް ގަބޫލުކޮށް އެމްޑީޕީގައި ހަރަކާތްތެރިވާ ކޮންމެ މީހަކީ އެމްޑީޕީ މީހެކެވެ.

    އެމްޑީޕީގެ އަސާސީ ގަވައިދާއި އެއްގޮތަށް މަގާމުތަކަށް ވާދަކުރުމާއި އެމްޑީޕީ ކުރިއަރުވަން މަސައްކަތްކުރުމުގެ ހައްގު އެމްޑީޕީ ކޮންމެ މެންބަރަކަށްމެ ލިބިގެން ވެއެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތަށް ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ހައްގު ވެސް އެމްޑީޕީ ކޮންމެ މެންބަރަކަށް ލިބިގެންވެއެވެ. ޕާޓީގެ ރަޖިސްޓްރީގައި ނަން އޮވެ ގިނަ ދުވަސްވުމަކުން ނުވަތަ ގިނަ ދުވަސް ނުވުމަކުން މެންބަރަކަށް ލިބިގެންވާ ހައްގަކަށް އުނިކަމެއް ނާންނާނެއެވެ.

    އެމްޑީޕީގެ އުސޫލުތައް ގަބޫލުކޮށް އެމްޑީޕީގެ މަސްލަހަތު ކުރިއަރުވަން މުޅިން އަލަށްގުޅޭ މީހަކުވެސް އެމްޑީޕީގައި ދުވަސްވީ މެންބަރަކަށްވުރެ މަތިވެރި ހިދުމަތްތަކެއް އެމްޑީޕީއަށް ކޮށްދީފާނެއެވެ. އެހަލަ ކިތަންމެ ބަޔަކު އެމްޑީޕީގެ ހަޔާތުގައި ފެނިގެން ގޮސްފައިވެސް އެބަހުއްޓެވެ.

    ކުރިން މީހަކު އުޅުނު ޕާޓީއަކުން ވަކިވެ އެމްޑީޕީއާ ގުޅެނީ އެ ޕާޓީއަށްވުރެ އެމްޑީޕީ ރަނގަޅުވުމުންނެވެ. އެމްޑީޕީގައި ތިބެފައި އެމްޑީޕީ ދޫކޮށް ދިޔަ ކިތަންމެ ބަޔަކުވެސް އެބަ ތިއްބެވެ. ދޫކޮށް ދިޔުމަށްފަހު އެނބުރިއައިސް އުޅޭ ކިތަންމެ ބަޔަކުވެސް އެބަ އުޅެއެވެ. މުހިންމީ އެމްޑީޕީގައި އެމީހަކު ހުރެ ދޭ ހިދުމަތަކާއި ދޫކޮށް ދިޔުމަށްފަހު އެމްޑީޕީއާއި މެދު އަމަލުކުރާ ގޮތެކެވެ. 

    އެތެރޭގެ އިންތިހާބު ތަކުގައި ވާދަކުރަން މީހަކު ނިކުތުމަކީ އެހެން އުންމީދުވާރުން ބަނޑުނުބައިވެ އެ މީހަކަށް ކުނިފުޅަ ގޮވާ އަބުރުކަތިލާ އިންސާނީ ކަރާމާތް ގެއްލުވާލަންޖެހޭ ސަބަބެއްނޫނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ސިޔާސަތު މެންބަރުންގެ ތެރޭގައި ވިއްކައިގެން މަގުބޫލުކަން ހޯދުމަކަށް ހުރަހެއް އޮތީއެއް ނޫނެވެ. ވަކި ބަޔަކާއެކު ނެތް ކޮންމެ މީހަކީ ދުޝްމަނެއްގެ ގޮތުގައި ދައްކައިގެން އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް ހަންނޮޅާލުމަކީ ޑިމޮކްރަސީއެއް ނޫނެވެ. 

    އަޖައިބެއް ކަހަލަ ކަމެކެވެ. ޑީއާރުޕީ ދޫކުރައްވާ އޮނަރަބަް ޝާހިދު އެމްޑީޕީ އާއި ގުޅިވަޑައިގެން އެމްޑީޕީގެ ހައްގުގައި ފާޅުކަން ބޮޑުގޮތެއްގައި މަތީފެންވަރުގައި ހިދުމަތް ކޮއްދެއްވާތާ އެތައް އަހަރެއްވީއެވެ. އެހެނެއްކަމަކު ޝާހިދު އަދިވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުން ކަމަކުނުދެޔޯލައެވެ. ރިޔާސީ ޓިކެޓާ ޖެހުމުން ޝާހިދު އެމްޑީޕީ މީހަކަށް ވާކަމަކަށް ނުވެއެވެ. ފައިސަލް ނަސީމް ވެސް އެމްޑީޕީ މީހަކަށް ނުވިއެވެ. މަޖިލިސްގައި އެމްޑީޕީ ތަމްސީލްކުރާ ޑރ. ޝަމްހީދަކީ ވެސް އެމްޑީޕީ މީހެއް ނޫނޯލައެވެ. މާލެ ސިޓީ މޭޔަރ އާޒިމްވެސް އެމްޑީޕީ މީހަކަށް ވާކަމަކަށް ނުވެއެވެ. އުފެދުނީއްސުރެ ދެގޮތެއްނުވެ އެމްޑީޕީގެ އިސްސަފުގައި ސިޔާސީ މަސައްކަތްކުރައްވާ އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގެ ރައީސްކަން ކުރެއްވި އިބޫ ސޯލިހަކީ ވެސް އަސްލު އެމްޑީޕީ މީހަކަށް ވާކަމަކަށް ނުވެއެވެ. ކިހާ ވަރުގަދަ އަރަތެއް ހެއްޔެވެ.

    ސިޔާސީ ޕާޓީއެއްގެ އެތެރޭގައި އެހާވަރަށް ކުޑައިމީސްކުރުން ބޮޑުވެ ވަކިބައެއްގެ ތެރޭގައި ނުހިމެނޭ އެންމެންނަކީ ތިމާމެންގެ ތެރެއިން ވާބައެއް ނޫންކަމަށް ބުނެ މީހުންގެ ބޯ ދޮއްވުމަށް މަސައްކަތް ކުރުން ހުއްޓާލަންޖެހެއެވެ. ވާދަވެރިކަމުގައި އެކު ނުވެވޭވަރަށް ވަކިވުމަކީ ބަލިކަށިވުމެކެވެ. ގެއްލުމެކެވެ. ވާދަވެރިންނަށް ފަހިކޮށްދޭ ފުރުސަތެކެވެ. އެމްޑީޕީގެ އެތެރޭގައި އަށަގެންފައި ބްލީ ނިޒާމުން މިނިވަންނުވެ ކާމިޔާބީގެ ހުވަފެން އެމްޑީޕީންވެސް ދެކޭނެ ކަމެއް ނެތެވެ.  

    ]]>
    Mon, 21 Sep 2026 17:53:08 +0500 މުއާޒު
    ގައްސާނު މައުމޫނު ދެއްވީ ޕީއެންސީ އިގުރާރުގެ ތަރުޖަމާއެއް https://heerasnews.com/4600 https://heerasnews.com/4600 ގެއްލިދާނެ މަގާމަށްޓަކައި ކޮނޑުހުޅުން ނެއްޓެންދެން އަތް ޖެއްސަސް ޕީއެންސީ ކޮންގްރެހަކީ ފްލޮޕެއްކަން އެކަމުގައި ބައިވެރި އެންމެންނަށް ވެސް އެނގެއެވެ. މުއިއްޒާއެކު ނިކުމެގެން 2028 ގެ ވެރިކަން ކީއްކުރަން ހެއްޔެވެ. މަރުވެފައިއޮތް ބޯވައެއްވެސް ނުނެގޭނެކަން އެނގެއެވެ. މީހުންގެ ލޮލުން ތިމާގެ ދުނިޔެ ބަލާ މީހަކަށް ފަހަރެއްގައި އެހެން ގޮތަކަށް ފެނުނަސް މުއިއްޒަށް 2028 ނުލިބޭނެ ކަން ހުދު މުއިއްޒުވެސް ގަބޫލުކުރެއެވެ. 

    ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިފައި އޮތްނަމަ ކޮންގްރެސް ބައިވެރިން ލައްވާ އިގުރާރުކުރުވާ ހުވާކުރުވާ ހަދާކަށް ނުޖެހޭނެއެވެ. އިގުރާރެއް ނުވިޔަސް ހިތުލޯތްބެއް އޮތްނަމަ ލޮލުން ބޮލުން އެދިގެން ވޯޓު ދޭނެއެވެ. ހޮވަން މަސައްކަތްވެސް ކުރާނެއެވެ. ކުރުވި އިގުރާރުގެ އިބާރާތްތަކަށް ބަލާލުމުން ކޮންގްރެސްގެ ބައިވެރިންނަށް މުއިއްޒު އިތުބާރު ނުކުރާކަން ވަރަށް ރަނގަޅަށް އެނގެއެވެ. 

    މުއިއްޒާ އެކު ތިބި  އިސް ގިނަ މީހުންނަކީ ގެރިހަން ލައިގެން ތިބި ހިޔަޅުތަކެއްކަން މުއިއްޒަށް އެނގެންވާނެއެވެ. ރައީސް ޔާމީނު ނެތް ދުނިޔެއެއްގައި ނޫޅޭނެކަމަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ހަތްހުވާކޮށްފައި ބުނަމުން މުއިއްޒަށް ވެރިކަން ޖަހައިގެނެދިން ބާޒުތައް ކިތަންމެ ބޮޑު އިގުރާރެއްވިޔަސް ވަފާތެރި ނުވާނެކަން ވެސް މުއިއްޒަށް އެނގެން ވާނެއެވެ.

    ރައީސް ޔާމީނަށް 2023 ގެ ޓިކެޓް ވެސް ޝަރުތެއްނެތި އެ މިހުން ދިނެވެ، އާހިރުގައި ކަން ނިމުނީ ޔާމީނުގެ ޓިކެޓަކީ މުއިއްޒަށް ވެރިކަން ހޯދި ހުސް ގޮނޑިއަށް ވެގެންނެވެ. މިހާރުވެސް ވެރިކަމުގެ ފޮނިމީރުކަމުގައި ނެގެން އޮތްހާ ފައިދާއެއް ނަގަމުން ވެރިކަމެއް ނިމިދާއިރު ކަމެއްވިޔަނުދީ މަތިފަޑީގައި އެ ތިބެނިއްޔަކީ މުއިއްޒަށް 2028 ހޯދާދޭކަށް ނޫނެވެ. ވެރިކަމުގެ ތެރެއިން ނެގެން އޮތްހާ ފައިދާއެއް ހޯދާށެވެ.

    އަދުރޭއާއި ސައީދާއި އާދަން ޝަރީފާއި ޝުޖާމެން ކޮންމެ ކުލައަކުން ފޮނު އެރުވިޔަސް އެ މީހުންގެ ހަގީގީ ސިފައަކީ ކޮބައިކަން ދާދިފަހުންވެސް އަދުރޭ ވަނީ ޔާމީނަށް ނިސްބަތްކޮށް ބުނެފައެވެ. އަދުރޭ ބުނިގޮތުގައި އަދުރޭއާއި ފަލާހާއި މުއިއްޒުގެ ވެރިކަމެއް ނުނިމެއެވެ. ނިމުނީ ޔާމީނުގެ ވެރިކަމެވެ. އެގޮތަށް 2028ގައި އަދުރޭމެން ނިންމާނީ މުއިއްޒުގެ ވެރިކަމެވެ. ހިންޏަށް ހަކުރު އޮޅުވާލާހެން މުއިއްޒަށް އޮޅުވާލައިގެން ވެރިކަމަށް ދޮންކުރަނީ ކާކުކަން ތިލަވާނެއެވެ.

    ޕީއެންސީ ކޮންގްރެސްގެ ކާމިޔާބީ ގައްސާނު މައުމޫނު ސިފަކުރެއްވި ގޮތް މިސާލަކަށް ފުދެއެވެ. ގައްސާނު ދެއްވި މެސެޖަކީ ޕީއެންސީ މަތީ މަޖިލީހުގެ އިގުރާރުގެ ތަރުޖަމާއެކެވެ. " 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީ.އެން.ސީ.ން ކާމިޔާބު ކުރުމަކީ ގައުމަށް އެންމެ ފައިދާ ހުރިގޮތް ކަމުން، އެކަން ކަށަވަރު ކުރުމަށް، އިސްނަންގަވައިގެން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމާއި، ހިދުމަތުގައި އިހުލާސްތެރިވުމާއި، ގައުމަށް ވަފާތެރި ވުމުގެ އިތުރުންވެސް މި ޕާޓީ އަށް އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް ކަށަވަރު ކުރުމަކީ، ޕާޓީގެ އެންމެހާ އާންމު މެންބަރުންގެ ހައްގުގައި، ޕާޓީގެ މަގާމުތަކާއި ހަވާލުވެވަޑައިގެންނެވި ހުރިހާ ބޭފުޅުން އުފުއްލަވަންޖެހޭ ފަރުދީ މަސްއޫލިއްޔަތެއް" ކަމަށް ގައްސާނު އެ ވިދާޅުވީ އޮޅިގެނެއް ނޫނެވެ. 

    ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާކަމަށާއި ހިދުމަތުގައި އިހުލާސްތެރި ނޫންކަމަށާއި ގައުމަށް ވަފާތެރި ނުވާކަމަށާއި މުއިއްޒަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތް ކަށަވަރު ނޫން ކަމުން ބަޔަކު މަގާމުތަކަކާ ހަވާލުވިޔަސް މުއިއްޒަށް ވެރިކަން ލިބެންނެތްކަމަށް ގައްސާނު އެ ވިދާޅުވީ ސާފު ބަހުންނެވެ.

    ]]>
    Sun, 20 Sep 2026 12:01:27 +0500 މުއާޒު
    ކުޑަކުޑަ ޖަންގަލީ ބުޅަލެއް: ސައިންސްގެ އާ ހޯދުމެއް https://heerasnews.com/4598 https://heerasnews.com/4598 ސައިންސްގެ އާ ހޯދުން: ކުޑަކުޑަ ޖަންގަލީ ބުޅަލެއް

    ބޮލީވިއާ — ބޮލީވިއާގެ ބޯ ޖަންގަލިތަކުގެ ތެރޭގައި އުޅޭ ކުޑަކުޑަ ޖަންގަލީ ބުޅަލަކީ މުޅިން އާ ބާވަތެއްގެ ބުޅަލެއްކަން ރަސްމީކޮށް ކަނޑައަޅައިފިއެވެ. މިއީ ވޭތުވެދިޔަ 100 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި، ދިރިއުޅޭ ބުޅަލުގެ އާ ބާވަތަކަށް ނަންދީ ސައިންޓިފިކް ގޮތުން ތަފްސީލުކުރި ފުރަތަމަ ފަހަރެވެ.

    އެ ސަރަހައްދުގެ މީހުން، މިބުޅަލަށް "ތިލްކާޔޯ" ގެ ނަމުން ނަންދީފައިވެއެވެ. މިއީ ދެކުނު އެމެރިކާގެ އެކި ހިސާބުތަކުން ފެންނަ "ޓައިގަރ-ކެޓް" އާއިލާގެ ބާވަތެކެވެ.

    މިއީ ޖަންގަލީ ބުޅަލަކަށް ވީ ނަމަވެސް، ތިލްކާޔޯއަކީ ހައިރާންވާހާ ކުޑަ ސައިޒެއްގެ ސޫތްޕެކެވެ. މީގެ ދިގުމިނުގައި ގާތްގަނޑަކަށް 46 ސެންޓިމީޓަރު ހުންނައިރު، ބަރުދަނުގައި ހުންނަނީ އެންމެ 1.4 ކިލޯގްރާމެވެ. މިއީ އާންމުކޮށް ގޭގޭގައި ގެންގުޅޭ ބުޅަލަށްވުރެ ވެސް ކުޑަ މިންވަރެކެވެ.

    ބޮލީވިއާގެ މި ބުޅާތަކަކީ އެހެން ޓައިގަރ-ކެޓްތަކާ ތަފާތު ސިފަތަކެއް ހުރި ބައެއްކަން ސައިންސްވެރިންނަށް އެންމެ ފުރަތަމަ ފާހަގަވީ އެ ސޫތްޕުގެ ސިފަތަކަށް ބަލައިގެންނެވެ. މިކަން އިތުރަށް ދިރާސާކުރުމަށްޓަކައި، ދެކުނު އެމެރިކާގެ އެކި ގައުމުތަކުން 38 ބުޅަލެއްގެ ޑީ.އެން.އޭ ސައިންސްވެރިން ތަހުލީލުކުރިއެވެ. މީގެ ތެރޭގައި މިއުޒިއަމްތަކުގައި ރައްކާކުރެވިފައިވާ ބައެއް ނަމޫނާތައް ވެސް ހިމެނެއެވެ.

    ޖެނެޓިކް ދިރާސާތަކުން ދެއްކި ގޮތުގައި، ކުރިން އެއް ބާވަތެއްގެ ގޮތުގައި ބެލެވުނު ޓައިގަރ-ކެޓްތަކުގެ ތެރޭގައި، ޖެނެޓިކް ގޮތުން ތަފާތު ފަސް ބާވަތެއް ހިމެނެއެވެ.

    ސައިންސްވެރިން އަންދާޒާކުރާ ގޮތުގައި، ތިލްކާޔޯގެ ނަސްލު އެހެން ޓައިގަރ-ކެޓްތަކާ ވަކިވެފައިވަނީ މީގެ ގާތްގަނޑަކަށް 1.4 މިލިއަން އަހަރު ކުރިންނެވެ.

    މި ޖަނަވާރާ ބެހޭގޮތުން މިހާތަނަށް އެނގެނީ ވަރަށް މަދު މައުލޫމާތެކެވެ. ކެމެރާ ޓްރެޕްތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ ރޭގަނޑުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅޭ އެއްޗެއްކަމަށް ބެލެވެއެވެ. އަދި މި ބުޅަލުގެ ނަޖިހުން ފެނިފައިވާ ބައިތަކަށް ބަލާއިރު، ކުދި މީދަލުގެ ބާވަތްތަކަކީ މީގެ މައިގަނޑު ކެއުން ކަމުގައި ބެލެވެއެވެ.

      ނެތިދިއުމުގެ ބިރު އޮތް ދިރުމެއް؟

    މި ހޯދުމާއެކު މުހިންމު އިންޒާރެއް ވެސް ވަނީ ލިބިފައެވެ. ބޮލީވިއާގެ ޔުންގާސްގެ ވާރޭޖަންގަލިތަކަށް ވަނީ ގަސްކެނޑުމާއި، ދަނޑުވެރިކަމާއި، ރޯވާ އަލިފާނުގެ އިތުރުން މައުދަން ފަދަ ތަކެތި ކޮނުމުގެ މަސައްކަތްތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

    ދިރާސާކުރާ ފަރާތްތަކުން މިހާރު ވަނީ އެ ފަރާތްތަކުގެ ހޯދުންތައް އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ އާ ހިއްސާކޮށްފައެވެ. ކުރިއަށް އޮތްތަނުގައި ހެދޭ އިވެލުއޭޝަނަކަށް ފަހު، 'ޓިލްކާޔޯ' އަކީ ނެތިދިއުމުގެ ބިރު އޮތް ދިރުމެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ.

    ސައިންސްވެރިން ބަޔާންކުރާ ގޮތުގައި، މިއީ އަދިވެސް ހޯދިފައިނުވާ އާ ދިރުންތައް ދުނިޔޭގައިވާކަން ހަނދާންކޮށްދޭ ކަމެކެވެ. އަދި އިންސާނުންނަށް އެފަދަ ދިރުންތަކެއް އުޅޭކަން އެނގުމުގެ ކުރިން ވެސް، ބައެއް މަޚްލޫޤުތައް ދުނިޔެއިން ނެތިގޮސްދާނެ ކަމުގެ ބިރު އޮތްކަން މި ހޯދުމުން ހާމަވެއެވެ.

    ]]>
    Sat, 19 Sep 2026 12:31:52 +0500 މުއާޒު
    މުއިއްޒު ވެެރިކަމުން ދުރުކުރުމަށްވުރެ ބޮޑުބަދަލެއް ގެންނާކަށްނެތް https://heerasnews.com/4588 https://heerasnews.com/4588 ނިޒާމީ ބޮޑު ބަދަލަކާއި ވެރިކަން ބަދަލުކުރުމަކާ އެއްވެސް ގުޅުމެއް ނެތެވެ. ކިތަންމެ އަވަސް އަވަހަށް ވެރިކަން ބަދަލުވިޔަސް އަންނަ ހެޔޮބަދަލެއް ނޯވެއެވެ. ވެރިކަން ކުރާ ވައްޓަފާޅި ބަދަލުކޮށް ނިޒާމީ ހެޔޮ ބަދަލެއް ގެނެވޭނީ އެކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުން ވެގެންނެވެ. ގެންނަންޖެހޭ ބަދަލުތަކާއި ބަދަލުގެ ނަތީޖާ ހާސިލުވާނެ ގޮތަށް ކަންކަން ތަރުތީބު ކުރެވިގެންނެވެ،

    މައުމޫނުގެ 30 އަހަރުގެ ވެރިކަން ނިންމަންޖެހިއްޖެކަމަށް ރައްޔިތުންނަށް ގަބޫލުކުރެވުމުން ވެރިކަން ބަދަލުކުރީ ގާނޫނީ އޮނިގަނޑަށް ގެނައި ބޮޑު ބަދަލުންނެވެ. އޭރު ނިޒާމަށް ބަދަލުގެނައީ ވެރިކަން ބަދަލުކޮށްގެނެއް ނޫނެވެ. ދިގު 30 އަހަރުގެ ވެރިކަން ބަދަލުކުރީ ގާނޫނީ ނިޒާމަށް ގެނައި ބަދަލުންނެވެ، އެ ބޮޑު ބަދަލުގެނައި 2007 ގެ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން 18 އަހަރު ވެގެން ހިނގައްޖެއެވެ. 

    18 އަހަރުގެ މުއްދަތުގެ ތެރޭގައި ގިނަގުނަ ދޫމަޅިތައް ގާނޫނު އަސާސީން ވަނީ ފެނިފައެވެ. ގާނޫނު އަސާސީއަށް ގެނައި ބޮޑު ބަދަލުން ހާސިލްކުރަން ބޭނުންވި ގިނަ ކަންކަން ވަނީ ހާސިލް ނުވެއެވެ. ފަސް އަހަރުން ފަސް އަހަރުން ވެރިން ބަދަލުވިޔަސް ރައްޔިތުންނަށް އަމާން ކަމެއް ރައްކާތެރިކަމެއް ތަނަވަސްކަމެއް ފައްސެއް ނުވެއެވެ. ކޮރަޕްޝަނާއި ފަސާދައާއި ނުފޫޒު ވެސް ދިގު ތިރީސް އަހަރަށްވުރެ މާ ބޮޑެވެ. ފަހުގެ ބައެއް ވެރިންގެ ހުދު މުހުތާރުކަން 30 އަހަރުގެ ދިގުވެރިކަމަށްވުރެ މާ ބޮޑެވެ. 

    އެހެން ކަމުން ނިޒާމީ ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް މިހާރު ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެކަން ކުރާނީ ކާކުހެއްޔެވެ. ގިނަ ބަޔަކު ތިބީ މާޔޫސްކަމުގައި ބޮޑު ވަރިހަމައިގައެވެ. ވެރިޔާގެ ބާރު ގަދަވެގެންގޮސް ވެރިން ޖަވާބުދާރީ ކުރާނެ ބަޔަކު ކުރެވޭނެ ބަޔަކު ނެތެވެ. 

    މިހާރަކަށް އައިސް ބޮޑު ބަދަލެއްގެ ވާހަކަ އިވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެ ބުނާ ބޮޑު ބަދަލު އެއީ ކޯއްޗެއް ހެއްޔެވެ. ރައްޔިތުންނަށް ބޮޑުބަދަލު ނަމުގައި ކުރަން އުޅޭ ކަމެއްވެސް ވަރަށް ބޮޑަށް އެބަ ސާފުވާން ޖެހެއެވެ. ގެންނަށް އުޅެނީ ނިޒާމީ ކޮން ބަދަލެއްކަން އެނގެން ޖެހެއެވެ. ވެރިކަން ހިންގުމުގެ ބާރު ވަކިބައެއްގެ އަތްމައްޗަށް ފޮރޮޅާލުމަށް ގެނެވޭ ބަދަލެއްތޯވެސް ބެލެން ޖެހެއެވެ.

    ފައްޔާޒާއި ނަޝީދުގެ ބޮޑު ބަދަލަކީ ޕާޓީއެއްގެ ކުޑަ ފެކްޝަނަކަށް ކުރެވޭވަރުގެ ކަމެއް ހެއްޔެވެ. ސަރުކާރު ހިންގަން ލިބުނަސް އެ ބޭފުޅުންގެ ބޮޑު ބަދަލު ތަންފީޒު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބިގެންނެވެ. އެހެންކަމުން އުންމީދުކުރާ ބޮޑު ބަދަލުގެނެވޭނެ މާހައުލެއް އަދި ނެތެވެ. މިހާރުން މިހާރަށް އެންމެންވެސް ކުރަން އޮތްހާވެސް ކަމަކީ މުއިއްޒު ވެެރިކަމުން ދުރު ކުރާނެ ފޯމިއުލާ އެއް ހޯދުމެވެ،

    ]]>
    Tue, 15 Sep 2026 16:28:37 +0500 މުއާޒު
    ރިސޯޓް ހިއްސާ ރައްޔިތުންނަށް ދިނަސް މޮޅުވާނީ ވެރިންނަށް https://heerasnews.com/4552 https://heerasnews.com/4552 ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ހުރި އެންމެ އިސްހާދިމު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ރައްޔިތުންގެ ހިތުގައި ރައްޔިތުންގެ ތެރެއިން ވަކިބަޔަކާމެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ކުރާ މަސައްކަތުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. . 

    ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާމެދު ރައްޔިތުންޣެ ހިތުގައި ނަފުރަތު އުފެއްދުމަކީ ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ މުޅި އިގުތިސޯދަށް އޭގެ ނުބައި އަސަރުކުރާނެ ކަމެކެވެ. އެތައް އާއިލާއެއްގެ އާމްދަނީއަށް އަސަރުކުރާނެ ކަމެކެވެ. 

    ރާއްޖޭގައި މުއްސަދިވެފައިވެފައި ތިބި ބަޔަކު މުއްސަނދިވީ އެމީހުންގެ ހިތްވަރާ މަސައްކަތުންނެ. މުއްސަދިން މުއްސަދިވީ ފަޅި ސިކުންތަކުން ނޫނެވެ. ގައުމުން ލިބޭ ހަނި ފުރުސަތުގެތެރެއިން ކުރިއެރުން ހޯދާ މުއްސަދިވުމަކީ  އެމީހުންގެ ކުޅަދާނަކަމާއި ކެރުމުގެ ނަތިޖާއެވެ. 

    އެއްވެސްތަނެއްގައި އެންމެންނަކީ މުއްސަދިންނެއް ނޫނެވެ. ފުދުންތެރި ރައްޔިތެއް ބިނާކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެކަން ނުކޮށް ހުރެ މުއްސަދިންނާ ޖެހިގަތަކަސް ފުދުއްތެރި ރައްޔިތެއް ނުއުފެއްދޭނެއެވެ. 

    ރައްޔިތުން ޖަޒްބާތުގައި ޖައްސައިގެން ފަގީރުކަމެއް ފިލުވައެއް ނުލެވޭނެއެވެ. ރައްޔިތުން ހިއްސާވާ ކިތަންމެ ރިސޯޓެއް ހެއްޖަސް ރައްޔިތު މީހާގެ ޖީބަށް ޑޮލަރެއް ނުވަންނާނެއެވެ. ރައްޔިތުންނަށް ނިސްބަތްވާ މުދަލާ ވިޔަފާރި މިހާރަކުވެސް މަދެއްނޫނެވެ. އެހެނެކޭ ކިޔާފައި ރައްޔިތުންނަށް ވާކަމެއް ހަރާމުން ހަރާމެވެ. ތިޔަ ބުނާ ރިސޯޓް ހިއްސާއަކުން ވާނީ ވަކި ކޮންވަރެއް ހެއްޔެވެ. 

    ހުރިހާ މޮޅަކާއި ލުޔަކާއި ފައިދާއެއް އޮންނާނީ އެއިރަކު ވެރިކަމުގައި ބަގުޑި ބައްދައިގެން ތިބި ބަޔަކަށެވެ. އެނޫން ގޮތަކަށް ރާއްޖޭގައި ކަމެއް އިންތިޒާމެއް ނުކުރާނެއެވެ. 

    ]]>
    Mon, 14 Sep 2026 18:00:33 +0500 މުއާޒު
    ރާއްޖޭގެ ދިފާއަށް ކުރާ ބޮޑު ހޭދައިގެ ހަގީގީ ބޭނުމެއް ނުފުދޭ https://heerasnews.com/4582 https://heerasnews.com/4582 ރާއްޖޭގެ ސަރަހައްދު ވަރަށް ރަނގަޅަށް ބަލަހައްޓާ ވާހަކަ ވަރަށް އަނގަ ފުޅާކޮށްފާ މި އަހަރަށް މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް މުއިއްޒު ދެއްކިއެވެ. ސިޔާސީ ސަރަހައްދާއި އިގުތިސޯދީ ސަރަހައްދު ބެލެހެއްޓުމުގައި އިންޗިއެއްވެސް ފަހަށް ނުޖެހޭނެ ކަމަށް ބުންޏެވެ. ދުނިޔޭގެ ކަނޑުތަކުގެ އިމާބެހޭ ކޯޓްގެ ހުކުމްވެސް ގަބޫލުނުކޮށް ރާއްޖޭގެ ސަރަހައްދުކަމަށް ގަބޫލުކުރާ ކަނޑުގެ ސަރަހައްދުތައް ބަލަހައްޓަމުން ދާކަމަށް އެ ދުވަހު ބުންޏެވެ.

    ތުރުކީންނާއި އޮސްޓްރޭލިޔާއިން އާމްދަނީއާއި ނުބައްދަލު ހަރަދު ބޮޑު ދެ މަނަވަރު ހޯދައިގެން އެންމެ ޒަމާނީ ހަތިޔާރު ގަނެގެން ސަރަހައްދު އެބަ ބަލަހައްޓައެވެ. ރައްޔިތުން ބަނޑަށް ޖެހުނަސް 3 ޑްރޯނު ގަނެގެން އެއަރފޯސް އުފައްދައިގެން އުޅޭއިރު ކިހާރަނގަޅަކަށް ސަރަހައްދު ބެލެހެއްޓޭނެތާއެވެ. ސަރަހައްދު ބެލެހެއްޓުމައިގެން އުޅޭ މީހުންގެ މޭމަތީގެ ކުލަބަރި ގައިމުވެސް ކުޑައެއް ނޫނެވެ. 

    އެކަމަކު ކުރާނެ ކަމެއްނެތްތާއެވެ. ބޮޑެތި އާގު ބޯޓު ފަހަރު ގަވައިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެގެން އަންނަކަމެއް ނޭނގެއެވެ. މާލޭ ބަނޑު ދަށުގައި އެއް އެންކަރެއްގައި ދެ އާގުބޯޓް ތިން ހަތަރު މަހު އޮތަސް ފެންނަނީއެއް ނޫނެވެ. މާލޭ ފަރުގައި ތެޅެމުން ގޮސް ސިނަމާލެ ބުރިޖަށް ލައްގާ ފޫވެއްޓި ދެ ބޯޓު މާކަނޑަށް އަޑިޔަށް ދިޔައިރުވެސް ދެނަހުރި ދިފާއެއް ނެތެވެ. 

    މަތިހަށި ނަގާފައި އުޅޭއިރު ރައްކާތެރި ކަމުގެ ކުއްލި ފިޔަވަޅުތަކަށް އެހާމެ ބީރައްޓެއްސެވެ. ފެތުނު އޮޑިން މީހުން ސަލާމަތް ކުރެވުނު އިރު މީހުން ސަލާމަތްކުރަން ދިޔަ މީހުން ފެތުނުއޮޑި ދަށުވެ ވީމަރެވެ. ހޮހަޅުން ގަބުރު ހޯދަންދިޔަ މީހާގެވެސް ލިބުނީ ގަބުރެވެ. މޮޅު އާލާތާއި އެސްއޯޕީގެ ބޭނުމެއް ނުހިފުނެވެ. 

    ގައުމީ ބަޖެޓުން އެންމެ ބޮޑު އެއް ހޭދައެއް ކުރަނީ ދިފާއަށެވެ. އާއސަންދަ ކަވަރުނުކޮށްގެން އާއްމު ރައްޔިތުން ބޭސްފަރުވާ ނުކުރެވިގެން މަރަށްތެޅުނަސް ދިފާއީ ބާރުގެ އެންމެންގެ އަނބިދަރިންނާއި މައިންބަފައިންނަށް ބޭސްފަރުވާކުރުމަކަށް ހުރަހެއް ނޯވެއެވެ. މުޅި ދައުލަތުގެ ބަޖެޓު ދިފާއަށް އަރިކޮށްލާފައި އޮތަސް ކުރާ ހޭދަޔާ ލިބޭހިދުމަތާ ނުބައްދަލެވެ. 

    ރާއްޖޭގެ ދިފާއަށް ކުރާ ބޮޑު ހޭދައިގެ ހަގީގީ ބޭނުމެއް ނުފުދެއެވެ. އަލިފާނާއި ކާރިސާހާލަތް ތަކުގައި ނިކުންނާނެ ކުއްލި ރިއެކްޝަން ފޯހެއް ފިޔަވާ ބޮޑު ސިންގާ އަސްކަރިއްޔާއެއް އޮތުމުގެ ބޭނުމެއް ނެތޭ މީހުން ބުނަނީ ކުރާ ހޭދައާއި ނަތީޖާ ދިމާ ނުވާތީއެވެ. ގައުމީދުވަހާއި މިނިވަން ދުވަސް ފަދަ ދުވަސް ދުވަހު ޔުނީފޯމަށް ރުލެއްވެސް އަރުވާނުލާ ގޮތްގޮތަށް ފައިޖަހާ ކުރުނީސްކުރަން ބޮޑު މިލިޓަރީ ފޯހެއް އޮތުމުގެ ބޭނުމެއް ނެތެވެ. އަހަރުން އަހަރަށް ޕްރަމޯޝަންދީ މޭފުރެންދެން ކުލަބަރި އެރުވަން ނަމެއްގައި ބަޔަކު ތިބެންޖެހޭ ހެއްޔެވެ.

    ]]>
    Sun, 13 Sep 2026 19:49:00 +0500 މުއާޒު
    ފަލާހަށް: ތަޅާ ދަނޑިން ތިކި ބުރަނީ އަމިއްލަ ގަޔަށް https://heerasnews.com/4580 https://heerasnews.com/4580 ޕީއެންސީ ޕީޖީ ލީޑަރު ފަލާހު ބުނާހެން އިންސާނާގެ ލަދުހަޔާތް ނެތިއްޖެނަމަ ދެން ހަމަ ކޮންމެފަދަ ވާހަކައެއްވެސް އޭނާ ދައްކަފާނެއެވެ. އޭގެ އެންމެ އައުލާ މިސާލަކީވެސް ހުދު ފަލާހެވެ. ލަދު ހަޔާތުގެ ކުނޑިފުކެއް ހުރިނަމަވެސް ފަލާހުމެން ރައީސް ޔާމީނަށް ތިޔަ ގޮވާ މުޑުދާރު ގޮވެލިފައްޗެއް ނުގޮވާނެއެވެ.

    ރައީސް ޔާމީނުގެ ވެރިކަމަކީ އިންތިހާ ދަރަޖައަށް ކޮރަޕްޓް އަނިޔާވެރި ވެރިކަމެއްކަމަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކަށް ގަބޫލު ކުރެވިގެން އެ ވެރިކަން ވަނީ ނިންމާފައެވެ. ރައްޔިތުންގެ އެތައް ހާސް ބަޔަކު އޭރު ދެއްކި ވާހަކަތަކާ ދެކޮޅަށް ރައީސް ޔާމީނާއި ޔާމީނުގެ ސަރުކާރު ދިފާއުކުރަން އަޑު އުފުލީ ފަލާހާއި ބާރަށު ޝުޖާއާޢި އަދުރޭ ފަދަ މީހުންނެވެ. އޭރަކު ތިޔަ ބައިގަނޑަކަށް ޔާމީނުގެ އުނިކަމެއް އަނިޔާވެރިކަމެއް ކޮރަޕްޝަނެއް އަނބިދަށުވެފައި ހުރިކަމެއް ނޭނގުނެވެ. އެނގޭ ކަމަކަށް ވެސް ނުހެދިއެވެ. 

    ޔާމީނު ވެރިކަމުގައި ހިންގިހާ ޖަރީމާތަކާއި ހިޔާނާތަކާއި އަނިޔާވެރިކަމެއްގައި ރަނގަޅަށް ތަތްތެޅިގެން ތިބި ބަޔަކު ނިކުމެ ކުރީން އިދިކޮޅުން ދެއްކި ވާހަކަތައް ހަމަ އެ ގޮތަށް އެ ރާގުގައު ޔާމީނާ ދެކޮޅަށް ދެއްކުމަކީ މީހުން ކިޔާއުޅޭ ކަހަލަ އަމިއްލަ ތާކަށް ފައިން އެރުމެވެ. އަމިއްލަ ގުއިފާލުގައި ދަނޑިން ތެޅުމެވެ. ތިޔަ ގޮތަށް ދަނޑިން ތެޅުމުން ގަޔަށް ބުރާ ތިކިން ނޯއްދަމާލަން ނުކެރެއެވެ. 

    ކަރަޕްޝަން ހިންގުމުން ދުނިޔޭގެ ފެންވަރުގެ ރެކޯޑް ރާއްޖޭގައި ހެދީ ރައީސް ޔާމީނު އިސްވެ ހުރެ ހިންގި ވެރިކަމުގައި ކަމާއި، އޭރުގެ އެންޓި ކަރަޕްޝަން ކަމިިޝަން ބޭއްވީ ކޯމާގައި ކަން ނުދަންނަ މީހަކު މި ގައުމުގައި އުޅެނީތޯ ފަލާހު ސުވާލު ކުރާއިރު އޭރު އެކަން އެނގޭ ކަމަށް ފަލާހު ނުހެދީ އެ ވެރިކަމުގެ ފޮނިމީރު ލިބިލިބި އޮތުމުން ނޫންހެއްޔެވެ. ޔާމީނުގެ ވެރިކަމުގައި ކުރިހާ ވައްކަމާއި ހިންގިހާ ކޮރަޕްޝަނާއި ދިންހާ އަނިޔާއެއްގެ ތެރޭގައި މަތިހަށި ނަގާފައި އުޅުނު މީހުން ނިކުމެ ގުދޯ ގުދޯ ގޮވުމުން ފާޅުވަނީ ފަލާހުމެންގެ ހުރި މުނާފިގުކަމާއި ހަސީލަތުގެ ނުބައިކަމެވެ.  

    އާނއެކެވެ. ހަމަ އަންތަރީސް ވެއްޖެއެެވެ! ހެންވޭރު ކޮޅުގައި އަޅުއްވައިގެން އުޅޭ 18 ބުރީގެ 5 ތަރީގެ ހޮޓަލަކީ ކޮންތަނެއް ދަވާލައިގެން އެޅި ތަންތަންތޯ ސުވާލު ކުރި މީހުން ކުރިއިރު ފަލާހު އޮންނެވީ ކޯމާގައިތޯއެވެ. ސިންގަޕޯރ އާއި ދުބާއީގެ ފިކްސްޑިޕޮޒިޓް އަދި އިންވެސްޓްމަންޓް އެކައުންޓުތަކުގައި ހުރި ޔާމީންގެ ޑޮލަރު ތަކުގެ މަތީން ފަލާހަށް ހަނދާންވީ އަދިކިރިޔާތޯއެވެ.

    ރައްޔިތުން ކަންބޮޑުވެ ފިތިބާރުވެ، ރުޅިގަދަވެ ވެރިކަމުން  ޔާމީނު ބޭލި އިރު އެ ވެރިކަން ދިފާއުކުރަން އުޅެވުނު ހަނދާން ނެތުނީ ހެއްޔެވެ؟ އަޅެ ފަހެ! ޔާމީނުގެ ވެރިކަމުގައި ސްޕްރީމް ކޯޓްގެ ބެންޗު ބޭނުން ގޮތަކަށް ބަދަލު ކުރިކަން އޭރު ނޭނގުނީ ލޮލަށް މިރުސް އެޅިފައި ހުރުމުން ހެއްޔެވެ. ސްޕްރިންކޯޓްގެ ޓިނު ނަގައިގެން އެކޯޓްގެ އިސް ފަޑިޔާރުން ހައްޔަރުކޮށް ޖަލަށް ގެން ދިޔައިރު ސާބަސްދޭން ހުރި ހަނދާން ނެތުނީ ހެއްޔެވެ.

    ޕާޓީ ބަދަލުކުރީމާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ފާސްކުރަން ވޯޓުދީ ހުރިހާ މިމިވަން މުއައްސަސާ ތަކެއް ޕެރަލއިޒް ކޮށްލިއިރު ފަލާހުމެން ތިބީ ޕެރަލައިޒް ވެފާހެއްޔެވެ. އޭރު ގައުމުގައި ތިބި ހުރިހާ ސިޔާސީ  ލީޑަރުން ހައްޔަރު ކުރަން ފޫގަޅާފައި އުޅެވުނީ ޒާތަކު ސަރުބަތެއް ބޮވިފައި ހުރެގެން ހެއްޔެވެ. ⁠އޭރުގެ ނާއިބު ރައީސުން ވަކިކޮށް ⁠އުއްތަމަ ފަޑިޔާރު ވަކި ކުރިއިރު އެކަން ނޭނގުނީ ވަޅުދިޔަ ހިއްކަން ވަޅަށް އެރެ އޮތީމާހެއްޔެވެ.

    އުޅެވުނު ގޮތާއި ކުރެވުނު ކަންތައް ހަނދާންނެތި މުއިއްޒުގެ މޯހިރުން ލިބޭ ބައިވަރުގަނޑަށްޓަކާ ރަށްމެދުވެ ބަރަހަނާވެ އަމިއްލަ ނަފްސްގެ އިތުބާރުގެއްލޭއިރުވެސް ނޭނގޭ ވަރަށް އަޅުދާސް ވީމާ ކާންދިން އަތުގައި ދަތް އަޅަން ޖެހެލުން ނުވާނެކަން ހާމަވެއްޖެއެވެ. އިއްޔެ ޔާމީނު ވަރެއް ނެތެވެ. މިއަދު މުއިއްޒު ވަރެއް ނެތެވެ، ފަލާހަށް މުއިއްޒު ގުއިވާ ދުވަސް ވެސް އޮތީ މާދުރަކުނޫނެވެ. އެދުވަސް ދެކެން މިތިބީ ކެތް މަދުވެފައެވެ.

    ]]>
    Sat, 12 Sep 2026 08:30:00 +0500 މުއާޒު
    ޖޫރިމަނާ ސަރުކާރު | ބޮޑެތި ޖޫރިމަނާ ކުރެވޭގޮތަށް ގާނޫނުތައް ބަދަލުކުރަނީ ލޫޓުވާލަން https://heerasnews.com/4577 https://heerasnews.com/4577 މިހާރަކަށް އައިސް އެއްވާނަކަށް އިވެނީ ޖޫރިމަނާގެ ވާހަކައެވެ. ވަރަށް އާދައިގެ ކަންކަމުގައިވެސް އޮބި ނޯންނަވަރުގެ ބޮޑެތި ޖޫރުމަނާ ކުރާ ގޮތަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރަމުންދަނީ ފަތުއަޑުކިޔާފައެވެ. 

    ސަރުކާރު ހިންގަންނޭގި ލިބޭމިންވަރަށްވުރެ ހަރަދު ބޮޑުވެ ކޮށިއެރުމުގެ އަގު އާއްމު ރައްޔިތުން ފެލައިގެން ހޯދުމަކީ ސަރުކާރުގެ މުޅި ވިސްނުމެވެ. ރައްޔިތުންނަށް އުނދަގޫ ވާހާ ގޮތްގޮތަށް އުސޫލުތައް ބަދަލުކޮށް ކުށްވެރިކޮށްގެން ފައިސާ ހޯދަން އުޅޭއުޅުމަކީ މުޖުތަމައު ޑިސިޕްލިން ކުރުމެއް ނޫނެވެ. 

    ހާލަތާއި ނުބައްދަލު ބޮޑެތި ޖޫރިމަނާތައް ކުރެވޭގޮތަށް ގާނޫނުތަކާއި ގަވައިދުތައް ބަދަލުކުރަނީ ފަހަރެއްގައިވެސް މުޖުތަމައު ކުށުން ސަލާމަތް ކުރަންނޫންކަން އެންމެނަށްމެ ގަބޫލުކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ. ރައީސް މުއިއްޒު ވެރިކަމަށް އެރިފަހުން ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކަށް ބަލައިލުމުން ފެންނަ ހަގީގަތަކީ މުޖުތަމައު ކުށްވެރިކޮށްގެން ފައިސާ ހޯދުމެވެ. 

    ބޭރު ފައިސާއާއި ބެހޭ ގާނޫނާއި މީޑިއާ ކޮންޓްރޯލް ގާނޫނާއި ދުންފަތުގެ ގާނޫނާއި މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ ގާނޫނާއި ކުނިމެނޭޖުކުރުމުގެ ގާނޫނާއި އެނޫންވެސް އެހެން ހުރިހާ ގާނޫނަކަށް ބަލާލުމުން އެކިވަރުގެ ބޮޑެތި ޖޫރިމަނާތައް ހިމަނާފައިވާތަން ފެންނަށް ހުންނާނެއެވެ. 

    ޖޫރިމަނާއަކީ ސަރުކާރަށް އާމްދަނީ ހޯދާ މަގަކަށް ހެދުމަކީ ޑިސިޕްލިނަރީ ކަމެއް ނޫންކަން ސާފުވެއެވެ. މުޖުތަމައު އިސްލާހުކުރުމަށްވުރެ ބޮޑަށް އަމާޒު ހިފާފައި ވާތަން ފެންނަނީ ޖޫރިމަނާކޮށްގެން ފައިސާ ހޯދާށެވެ. ގާނޫނުން ރައްޔިތުން ރައްކާތެރިކޮށް ދިނުމަށްވުރެ ބޮޑަށް ސަރުކާރުން ފޫގަޅާފައި އޮތީ ހޯދެން އޮތް ގޮތަކަށް ފައިސާ ހޯދުމަށެވެ. 

    ލުއިފަސޭހަ ރައްކާތެރި ވެއްޓެއް ރައްޔިތުންނަށް ހޯދާދިނުމަށް ކުރެވޭ ކަމެއްނެތި ރައްޔިތުން ފެލައިގެން ސަރުކާރު ހިންގަން ދިމާކުރުމުން ނުވެނުދާނެ ހުރިހާކަމެއް ރާއްޖެއަށް ވަނީވެފައެވެ. ގާނޫނުގެ ރައްކާތެރިކަމަކީ މުއިއްޒާއި މުއިއްޒުގެ އައުވާނުންގެ އެކަނި ހައްގެއްކަމަށްް ހަދާ ނިމިއްޖެއެވެ. ސަރުކާރު ހިންގުމަށް ކުރާ ހޭދަ ބޮޑުތަނުން ބޮޑުކުރަމުން އެކި ނަންނަމުގެ ޓެކްސްތަކާއި ފީތައް ނަގަމުން ކުށްވެރިކޮށް ޖޫރިމަނާކޮށްގެން ޓެކެން މުއިއްޒު ވެރިކަމުގައި ބަހައްޓައިގެން އެންމެ ދުވަހަކުވެސް ތިބެން ހެޔޮނުވާނެއެވެ. 

    ]]>
    Fri, 11 Sep 2026 14:15:11 +0500 މުއާޒު
    މުއިއްޒުގެ ވެރިކަން ވައްޓާލުމަށްވުރެ މޮޅުގޮތެއްނެތް https://heerasnews.com/4572 https://heerasnews.com/4572 ރައްޔިތުން ވޯޓުދީގެން ޖުމްހޫރިއްޔާއަށް ރައީސަކު ހޮވަނީ އަދުލުވެރި ވެރިކަމާއެކު ރައްޔިތުންގެ  ހައްގުތައް ރައްކާތެރި ކުރުމަށެވެ. މުއިއްޒަކަށް އެކަމެއް ނުވިއެވެ. އަދުލުވެރިކޮށް ކަމެއް ނުކުރެވޭތާ އެމީހަކަށް ޖެހުނުތާކުން މުޅިދައުލަތް ލޫޓުވަނީއެވެ. 

    ފަސްއަހަރުގެ ދައުރަކަށް ރައީސްކަމަށް މުއިއްޒު ހޮވީކީ ކުރާނެހާ ކަމެއް ކުރުމަކަށް ނޫނެވެ. މުއިއްޒަށް ހުޝާމަދުކުރާ މީހުންނަށް މުޅި ދައުލަތް ލޫޓުވާލަން އޮތީ ދީފައެވެ. މުޅި ގައުމުގައި ބޭއިންސާފު އޮތީ މޫލާފައެވެ

    ފޮނުވާލާ އިދާރީ މެމޯއަކުން އަގުބޮޑު ބިންތައްވެސް ބަހާލަނީއެވެ. އިންސާފު ނުލިބިފައި ތިބި އެތައްހާސް ބަޔަކު ތިއްބާ އިންސާފު ގާއިމުކޮށްދޭ ނަމުގައެވެ. ހިޔާނާތާއި ޓެކުމާއި މަކަރާ ހީލަތާއި ރިޝްވަތާއި އިސްރާފު މިއަށްވުރެ އިންތިޒާމުވެގެން ހިންގާ ސަރުކާރެއް ރާއްޖޭގެ ތާރީހު ނުދެކެއެވެ.

    މުއިއްޒުގެ ވެރިކަމަކީ ދައުލަތް ލޫޓުވުމުގެ އެހެން ލެވެލެކެވެ. ދައުލަތުގެ ހަޒާނާ ތަޅާދުމަށް އަރުވާލައިފިއެވެ. ބިންތަކަށާ މުދަލަށް ހަދަނީ ހަދާނެ ގޮތެކެވެ.  ހޯދާ ހިދުމަތަކަށް ގަންނަ މުދަލަކަށް އަގެއްދެނީއެއްނޫނެވެ. ދަރަނި ދައްކަނީ ދަރަނިން ދަރަނި އުފައްދައިގެނެވެ.

    ވެރިކަމަށް އެރިގޮތަށް އަރާ ބަދަލު ދިނުމުގެ އުސޫލު އުވާ ހިތުހުރި މީހަކަށް ހިތުހުރި އެއްޗެއް ދަނީ ދެމުންނެވެ. އެކި ނަންނަމުގައި ބައިވެރިންނަށް ދައުލަތް ބަހާ ހުސްކުރަނީއެވެ. 

    ރިޝްވަތު ދީގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަތް ހިސާބުން ފެށިގެން ވަކިފަރުދަކަށް ނުއެކަށޭނަ ދަށް އަގެއްގައި ހުޅުމާލޭން ބިމެއް ވިއްކުމާ ހަމަޔަށްވެސް މުއިއްޒު ވެރިކަމުގައި ހަލާލު ގޮތެއްގައި ކުރިއެއްކަމެއް ނެތެވެ. އިތުރަށް މުއިއްޒުވެރިކަމުގައި ބަހައްޓައިގެން ވާނެ ރަނގަޅެއް ނެތްތާ ވާނީ ގެއްލުމާ ހަލާކެވެ.

    ފަސްއަހަރު ހަމަވަންދެން ވެރިކަމުގައި މިކަލޭގެ ބަހައްޓައިފިނަމަ ރާއްޖެ އަތުނުޖެހޭނެއެވެ. ވެރިކަމަށް ދެން އަންނާނީ ކާކުތޯ ނުބަލާ އެންމެ ފުރަތަމަ މުއިއްޒުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްވުރެ މުހިންމު އެހެންކަމެއް މިހާރަކު ނެތެވެ. މުއިއްޒުވެރިކަމުން ބޭލުމަކީ ކިފާޔަތުގެ ފަރުލަކަށް ވެއްޖެއެވެ.

    ]]>
    Wed, 09 Sep 2026 13:11:23 +0500 މުއާޒު
    ސަލާމަތުން އޮތް ދެ ކުންފުނި ވެސް ލޫޓުވާލަން މުއިއްޒު ތައްޔާރުވަނީ https://heerasnews.com/4567 https://heerasnews.com/4567 ޒަމާނުއްސުރެ ރާއްޖޭގައި އެންމެ ރަނގަޅަށް އޮތް ދައުލަތުގެ ކުންފުނިތަކަކީ ބީއެމްއެލް އާއި އެސްޓީއޯއާއި އެއަރޕޯޓްސް ކޮންޕެނީއާއި އެޗްޑީސީއާއި ސްޓެލްކޯއާއި ދިރާގާއި އެމްޑަބްލިޔުއެސްސީ ކަމުގައި ބުނެވިދާނެއެވެ. އޭގެތެރެއިން ދިރާގާއި އެމްޑަބްލިޔުއެސްސީ ގެ ހިއްސާ ބޭރުގެ ފުދުންތެރި ކުންފުނިތަކަކަށް ވިއްކާލުމުގެ ސަބަބުން އެކުންފުނިތަކުން ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. 

    އެނޫން އެހެން ކުންފުނިތަކުގެ ކޮންޓްރޯލް ސަރުކާރަށް އޮތުމުން އެއިރަކު ސަރުކާރު ހިންގަން ތިބި ބަޔަކު ބޭނުންހާ ގޮތަކަށް މޮޑޭ ފުއްގަނޑު ތަކަކަށް އެކުންފުނިތައް ވެފައިވާކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެހެން ކަމުން އެއިރަކު ސަރުކާރުން ބޭނުންވާ ކުޅިއެއް އެކުންފުނިތަކުގައި ކުޅެއެވެ. 

    ދައުލަތުގެ ކުންފުނިތައް ސަރުކާރު ދިފާއުކުރާން ގެންގުޅޭ އައްޑަނަތަކަކަށް އޮންނަނީ ހަދާފައެވެ. ކުންފުނިތަކުގެ ބޯޑު ސަރުކާރުން ބޭނުންވާ ގޮތަކަށް ބަދަލުކޮށްގެން ސަރުކާރުގެ ވިދުބައްދާ ފުޓުނިގަނޑަކަށް އެ ކުންފުނިތައް ވަނީ ވެފައެވެ. ކުންފުނިތަކަށް ސިޔާސީ ނުފޫޒު ފޯރުވާ ނާޖާއިޒު ސިޔާސީ މަންފާ ހޯދާ ތަންތަނުގެ ގޮތުގައި ދައުލަތުގެ ކުންފުނިތައް ވަނީ މަޝްހޫރުވެފައެވެ. 

    މުއިއްޒު ވެރިކަމުގައި އެކަން ހައްދު ފަހަނަ އަޅާގޮސް ދައުލަތުގެ ހުރިހާ ކުންފުންޏެއް ބަނގުރޫޓުވާ ހިސާބަށް ކަންކަން ވަނީ ދުއްވާލާފައެވެ. ގައުމީ ބޭންކްގެ ޗެއަރމަނަކަށް ރައީސް އޮފީހުގެ އެންމެ ބާރުގަދަ ސިޔާސީ އެކަކު ލައިގެން ބޭންކްގެ ބާރުވެރިކަން ރައީސްގެ އުނގުތެރެއަށް ގެންދިޔައިމާ ވާނެގޮތް ހިތައް އަރުވާލާށެވެ. 

    މުއިއްޒު ވެރިކަމުގައި އެޗްޑީސީ އާއި ސްޓެލްކޯ ނޮޅާލައިފިއެވެ. އެސްޓީއޯ އިނދަ ޖައްސާލައިފިއެވެ. އެއަރޕޯޓްސް ކޮމްޕެނީ ރޫޅާލާ ބޮއްސުން ދުއްވާލައިފިއެވެ. މުއިއްޒު ސަރުކާރު ހިންގުމުގައި ގެންގުޅޭ ދޯހަޅި ގަބު އުސޫލުތަކުގެ ސަބަބުން ރިޒާވް ދޮވެނުލާ އެންމެ ކުންފުންޏެއްވެސް ސަރުކާރުގެ ކޮންޓްރޯލުދަށުގައި ނެތެވެ. 

    އެންމެފަހުން އެދިމާ ކުރަނީ  ދިރާގާ އެމްޑަބްލިޔުއެސްސީ އިރާވީދާ ކުދިކޮށްލާށެވެ. ސަރުކާރުގެ ނުފޫޒުން ބޭރުގައި ރަނގަޅު ތަރުތީބަކުން ހިދުމަތް ދެމުންގެންދާ ކާމިޔާބު ދެ ކުންފުނި މުއިއްޒަށް ނޮޅާލެވެން އޮތީ ބޭރު ކުންފުނތަކުގައި އޮތް ހިއްސާ ސަރުކާރަށް އަނބުރާލައިގެންނެވެ. އަމިއްލަ ވަންތަކަމާއި ގައުމިއްޔަތުގެ ނަންބޯޑު އަޅުވައިގެން ކުރަން އުޅޭކަމަކީ ކޮބައިކަން ނޭނގިގެން ނޫޅެއެވެ.

    ދައުލަތުގެ އެހެން ހުރިހާ ކުންފުންޏެއް ވަތަކުޓޯ ޖެހުމުން މިހާރު އެ ދިމާކުރަނީ ދިރާގާއި އެމްޑަބްލިޔުއެސްސީ މުއިއްޒު މޮޑޭ ފުށްގުޅައަކަށް ހެދުމަށެވެ. އެ ދެކުންފުނީގެ މިލްކިއްޔާތުގައި ހުރިއްޔާ ހުރި ފައިސާއެއް މުއިއްޒުގެ ބާރުގެ ދަށަށް ގެނެސް އެ ދެ ކުންފުނިވެސް އިނދަ ޖައްސާލުމަށެވެ

    ]]>
    Mon, 07 Sep 2026 21:56:09 +0500 މުއާޒު
    ދައުވަތު ދިނަސް ނުދިނަސް ހެޔޮ | އަހުރެމެނަކު ނުދާނަން https://heerasnews.com/4566 https://heerasnews.com/4566 ރައީސް އޮފީހުން ބާއްވާ ނޫސްކޮންފަރެންސްތަކަށް މިހާތަނަށް ހީރަސް ނިއުސްއަށްވެސް ދައުވަތުދެމުން އައެވެ. އެންމެ ފަހުން އެފަދަ ދައުވަތެއް ލިބުނީ 05 ސެޕްޓެމްބަރ 2026 ވީ ހޮނިހިރު ދުވަހުގެ ހަވީރު 16.00ގައި ޓީވީ މޯލްޑިވްސްގައި ޕްރެސް ސެކެރެޓަރީ ބާއްވަން އުޅުނު ނޫސް ކޮންފަރެންސަށެވެ. 

    އޭގެ ފަހުން ނޫސްކޮންފަރެންސަކަށް ރައީސް އޮފީހުން ދައުވަތެއް ނުލިބެއެވެ. މައްސަލައެއް ނެތެވެ. އެބައެއްގެ ރޮނޑަކުން ހަންދަމާނެ ގޮތެއް އެގޭނީ އެބަޔަކަށެވެ. 

    ހީރަސް ނިއުސްއަކީ ރައީސް މުއިއްޒާއި އޭނާގެ ސަރުކާރުން ފަތުރަން ބޭނުންވާ ޕްރޮޕަގެންޑާތައް ފަތުރާދީ މުއިއްޒު ޖަހާހާ ބެރަަކަށް ނަށާ ބަޔަކީމެއް ނޫނެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސަކަށް ހީރަސް ނިއުސްގެ ނޫސްވެރިންނެއް ނުދެއެވެ. ނުވެސްދާނެއެވެ. 

    ހީރަސް ނިއުސްއަކީ ރައްޔިތުންގެ ފައިސާއިންނާއި މުއިއްޒު އަތުން ބައިނަގައިގެން ހިންގާ ނޫހެއް ނޫނެވެ. ރައީސް މުއިއްޒާއި ސަރުކާރު ލޮއްސަން ހީރަސް ނިއުސްއިން ކުރާނެ ކަމެއް ނުއޮންނާނެއެވެ. ރައީސް އޮފީހުގެ ނިއުސް ކޮންފަރެންސަކަށް ވެއްދިޔަސް ނުވެއްދިޔަސް ފަރުވާލެއްނެތެވެ. 

    އެހެން ކަންކަމެކޭ އެއްގޮތަށް ރައީސް މުއިއްޒަކީ ރާއްޖޭގެ ނޫސްވެރިކަންވެސް އަޅުވެތިކޮށްގެން އަމިއްލަ ހައިބަތު ފުޅާކުރަން އުޅޭ މީހެއްކަން އަބަދުވެސް ދަންނަމެވެ. މުއިއްޒު ސަރުކާރުގެ އެކިފެންވަރުގެ އެތައް ވެރިން އެމީހުން މަސްލަހަތު އޮންނަ އެތައް ނޫހެއް ރަޖިސްޓްރީކޮށްގެން ކުރާކަމަކީ ދިވެހި ނޫސްވެރިކަން ކުރިއެރުވުމެއް ނޫނެވެ. އެމީހުން ނޫސްތައް ބޭނުންކޮށްގެން ކުރާހާ ކަމަކީވެސް ދައުލަތުގެ ބަޖެޓުންނާއި ސަރުކާރުގެ އެސްއޯއީތަކުން ސްޕޮންސަރގެ ނަމުގައި ކޮންމެ މަހަކު މިލިޔަނުން ފައިސާ ހޯދައިގެން ދައުލަތް ލޫޓުވުމެވެ.

    އޭގެ މުގާބިލުގައި ކޮށްދޭން ޖެހޭހާވެސް ކަމަކީ ރައީސް މުއިއްޒަށް ސަނާކިޔުމާއި ސަރުކާރުގެ ޖަރީމާތައް ފޮރުވާދީ ރައްޔިތުންގެ ފޯކަސް ގެއްލުވާލުމެވެ. 

    ]]>
    Mon, 07 Sep 2026 20:21:44 +0500 މުއާޒު
    އަދުރޭއަށް: ޔާމީނަށް ދޭ ރައްދުން ތިޔަ އެޅެނީ ބޮލާފޮށާ! https://heerasnews.com/4564 https://heerasnews.com/4564 ތެދެކެވެ. މީގެ ހަތް އަހަރުކުރިން ޔާމީނުގެ ވެރިކަން ނިމިއްޖެއެވެ. ޔާމީނުގެ ވެރިކަން ނިމުނުހެން މިއަދު މިއޮތް މުއިއްޒުގެ ވެރިކަންވެސް ނިމެނޭއެވެ. ޔާމީނުގެ ވެރިކަމާއެކު ފަލާހާއި އަބްދުއްރަހީމާއި މުއިއްޒުމެން އޭރުކުރި ވެރިކަން ނިމުނުހެން މުއިއްޒާއެކު ތިޔަކުރާ ވެރިކަންވެސް ނިމޭނެއެވެ.

    ކަލާސީންނަށް ނައު ބައު ނުވާހެން އަދުރޭމެނަށް ވެރިކަން ނުނިންމައެއް އަބަދަކު ނުތިބެވޭނެއެވެ. ޔާމީނު ޖަލުގައި އޮތުމުން އަދުރޭމެން މަގަށް ނިކުމެ ޖަލަށްވަދެ ނޭންގާނިކަން ދެއްކިއްޔަކީ ޔާމީނުގެ ހައްގުގައި ނޫންކަން ވަރަށް ސަރީހަ އިބާރާތުން ތިޔަ ބުނެދެނީއެވެ. އޭރު އެކުރިކަމެއް ކުރީ ގެއްލުނު އަރާބާރު ހޯދަން އަމިއްލަ އެދުމުން ފޯވެ ތިބެގެންކަމަށް ތިޔަ ބުނެދިނީއެވެ. 

    ޔާމީނުގެ ވެރިކަމުގައި ދަނޑިމަތި އަނބުރަން އުޅުނު މީހުން ނިކުމެ ވަށިވަށިން ޔާމީނަށް ދިނުމަކީ އަމިއްލައަށް ބޮލާފޮށާ އެޅުމެވެ. ތިމަތިމާމެން ޔާމީނުގެ ނަން ބޭނުންކޮށްގެން ކުރާން އުޅުނުކަމަކީ ދައުލަތް ނޮޅާލަން ފުރުސަތު ހޯދުންކަން ކިތަންމެ ރަނގަޅަކަށްވެސް އެނގިއްޖެއެވެ. ޔާމީނުގެ ވެރިކަމުގައިވެސް ކުރިކަމަކީ އެއީތާއެވެ. ކޮންމެ މީހަކާއެކުގައިވިޔަސް ދައުލަތް ވިދާ ނޮޅާކާން ލިބެނިކޮށް އަދުރޭއަށާޢި ފަލާހަށާއި ޝުޖާއަށާއި ޝިޔާމުމެން ކަހަލަ އެންމެންނަށް ވަރިހަމައީއެވެ. މިހާރު ތިބި ހިސާބުގައި ފައިހަރުކޮށްލަން ލިބެންޏާ ޑީއާރުޕީއެއް ޕީޕީއެމެއް ޕީއެންސީއެއް އެމްޑީޕީއެއް އަދުރޭމެންނަކަށް ނުއޮންނާނެއެވެ. 

    އަދުރޭމެން ޝިޔާމްމެން ކަހަލަ މީހުނަށް އެމްޑީޕީ ކަމުނުދަނީ އެމްޑީޕީގެތެރޭގައި އެ ހިސާބުގައި ފައިހަރުކޮށް ނުލެވޭނެތީއެވެ. އެހެން ނޫންނަމަ ކިރިޔާވެސް ގޮތެއް ފޮތެއް އޮތް ބައެއް ނަމަ ރަތް މަހަށް ނުގޮވާހާއެއްޗެހި ޔާމީނަކަށް އަދުރޭމެން ނުގޮވާނެއެވެ. ބަލަން ތިބޭށެވެ. މުއިއްޒުގެ އާރާ ބާރު ނެތޭ ދުވަހަކުން މުއިއްޒަށްވެސް އަދުރޭމެން ޖައްސާނީ ޔާމީނަށް ޖެއްސި ދަތުރެވެ. ނުގޮވާނެ ކުނި ފުޅައެއް ނާޅުވާ ބަދުނާމެއް ނުއޮންނާނެއެވެ. 

    ފަލާހާ އަބްދުއްރަހީމާ މުއިއްޒުގެ ވެރިކަމެއް ނުނިމެއޭ ނިމުނީ ޔާމީންގެ ވެރިކަމޭ ބުނީމާ އެ މީހުންގެ ހަސީލަތުގެ ނުބައިކަން ވަޒަން ކޮށްލެވޭނެއެވެ. ޔާމީނުގެ ވެރިކަން ނިމުނީ ބޮޑާކަމުން ކަމަށްވާނަމަ އެ ބޮޑާކަމުގެ މުގުލަކީ އަދުރޭއާއި ފަލާހާއި ޝުޖާއާއި ސައީދާއި ޝިޔާމް ކަހަލަ ޕީއެންސީގެ އިސް މީހުންނެވެ. ޔާމީނު ވެރިކަމުގައި ފެނުނު ކޮންމެ ބޮޑާކަމަކާއި ނުލަފާކަމަކާއި ބަސްނޭހުމަކާއި ބޭއިންސާފަކާއި އަނިޔާވެރިކަމަކާޢި ހިޔާނާތްތެރި ކަމަކީ ޔާމީނުގެ އެކަނި ބޮލަށް ކަނޑާލެވޭކަށް އޮތް ކަންކަމެއް ނޫނެވެ. ފަލާހާއި އަދުރޭއާއި ޝުޖާއާއި ސިޔާމާއި ސައީދު މެން ކަހަލަ އެތައް ބައެއްގެ ކަށީގެ މަދަށް ނިސްބަތްވާ ކަންކަމެވެ. މުއިއްޒަށް އެކަން އޮޅުނަސް ރައްޔިތުންނަކަށް އެކަމެއް ނޯޅެއެވެ،   

    ]]>
    Sun, 06 Sep 2026 15:50:55 +0500 މުއާޒު
    ޑޮލަރު މާރުކުރުވާ ޖުރުމަނާތައް ކުރަންދިމާކުރީ ބަނގުރޫޓްވެގެން https://heerasnews.com/4557 https://heerasnews.com/4557 މުއިއްޒަށް ސަރުކާރު ނުހިންގޭ ވަރަށް ގޮތް ހުސްވެއްޖެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މުއައްޒަފުންނަށް މުސާރަވެސް ދެވޭނެ ވަރެއް ސަރުކާރުގައި ނެތެވެ. ސަރުކާރު ކުންފުނިތައް ދޮޅިއެޅިއްޖެއެވެ. ޕެންޝަން ފަންޑު ހުސްވެއްޖެއެވެ. މަނިޓަރީއަށް ބިންވިއްކައިގެންވެސް ނަގާނެ ފައިސާއެއް ނެތިއްޖެއެވެ. 

    ހުރިއްޔާ ހުރި ބޭންކަކަށް ސަރުކާރު ދަރައިފިއެވެ. ބޮޑެތި އަމިއްލަ ކުންފުނިތައް ވެސް ސަރުކާރަށް ފައިސާ ދަރަންޏަން ނުދެވޭ ވަރަށް ފުނޑިއްޖެއެވެ. ސަރުކާރުން ހޯދާ ހިދުމަތަކަށް ފައިސާއެއް ނުދެއެވެ. ސަރުކާރަށް ގަންނަ މުދަލަށް އަގެއް ނުދެއްކެއެވެ. އެތެރެއިން ދަރަނީގެ ގޮތުގައި ފައިސާ ލިބެން އޮތް މަގުތައް އެކީއެކަށް ބަންދުވެއްޖެއެވެ. ބޭރުން ލޯނެއް އެހީއެއް ނުލިބެއެވެ. 

    ޓޫރިޒަމާއި އެހެނިހެން އިންޑަސްޓްރީން ސަރުކާރަށް ޓެކްހާއި ކުއްޔާއި ހިދުމަތުގެ އަގުގެ ގޮތުގައި ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭވަރަށް ވުރެ ހަރަދު ބޮޑެވެ. ކަސްޓަމް ޑިއުޓީއާއި ނަގަމުން އައި ފީތަކުން ވެސް ހަރަދުތައް ފޫބެދޭ ވަރެއް ނުވެއެވެ. ނުބުނާން އުޅުނަސް ދިވެހި ސަރުކާރުގެ އަދުގެ ހާލަތަކީ ބަނގުރޫޓް ހާލަތުކަމާ މެދަކު ޝައްކެއް ނެތެވެ. 

    ވެރިކަން މުއިއްޒަށް ލިބުނުތާ ކުރީކޮޅު އުޅެގަތް ގޮތްތަކަކުން އޮބި ނޯންނަ ވަރަށް ދައުލަތުގެ ހަރަދުތައް ބޮޑުވެގެން ދިޔައީއެވެ. ގަދަކަން ދައްކަން ނުކޮށް ފަރުޖެހެން އޮތް އެތައް ކަމެއްކޮށް ހަރަދުކޮށް އިސްރާފު ކުރީއެވެ. ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރުގެ ބޮޑު ދަރަންޏެއް ބޯމަތީގައި އަދާކުރަން ޖެހިފައި އޮއްވާ ކޮންމެހެން ނުކޮށް ވާން އޮތް އެތައް ހަރަދެއް ކުރުމުގެ ނަތީޖާ މިއަދު މިބައްދަލުކުރީއެވެ. 

    ބޮޑެތި މުސާރަދޭ އެތައްހާސް ސިޔާސީ މުއައްޒިފުންނަށް ވަޒީފާ ދެވިފައި އޮތުމުން ކިތަންމެ ހަރަދު ބޮޑަސް އެއިގެތެރެއިން މަދު މީހަކުނޫނޫ ދޫކޮށްލެވޭކަށް ނެތެވެ. ބޭރުގައި ހުރި އެއްބަސީތަކަށް އިމެއްނެތް ވަރަށް މުއައްޒަފުން ލެވުނީތީ އެއިގެން އެކަކުވެސް ކަނޑާލެވޭކަށް ނެތެވެ، ވެރިކަން ދިފާއުކުރުމަށްޓަކާ އެ އެންމެންވެސް އެގޮތުގައި ބައިތިއްބަން މުއިއްޒަށް މަޖބޫރެވެ. މުއައްޒަފުންނަށް ކުރާހޭދަ ކުޑަކުރުމަށްޓަކައި ކަނޑާލާ މަގުމަތިކޮށްލެވެނީ ފެނަކަ ފަދަކުންފުނިތަކުގައި އުޅޭ ކުދި މުސާރައިގެ ދެރަވަ މުއައްޒަފުންނެވެ. މަތިކިތަންމެ ބަރަސް ގިނަ ބައެއްގެ ރުހުން ހޯދުމަށް ސިޔާސީވެރިންގެ އެކަކުވެސް ކަނޑާލުމުގެ ހިއްވަރެއް މުއިއްޒުގެ ނެތެވެ. 

    ފުލުފުލުގައި ގާނޫނުން ލާޒިމުކޮށްގެން ބޮޑެތި އަދަދުތަކުން ރައްޔިތުން ޖުރުމަނާކުރަން ދިމާކުރުމުން ސަރުކާރު ދޮޅިފެނުގައި އެޅިފައިވާކަން ޔަގީން ކުރެވެއެވެ. އެއް ވެހިކަލަށް ވުރެ ގިނަ ވެހިކަލު އޮންނަ މީހުން އަތުން ވެސް ޓެކްސް ނަގަނީއެވެ. އެއް އަންބަށްވުރެ ގިނަ އަނބިން ގެންގުޅޭ މީހުން އަތުން ވެސް ފީއެއް ނެގުން ގާތެވެ. އެއް ދަރިއަށް ވުރެ ގިނަ ދަރިން ތިއްބަސް ފީނަގާން ނުފަށާނެކަމެއް ނޭގެއެވެ. މިހާވަރުން ދަންޏާ މަގުގާ އަޅާ ފިޔަވަޅަށްވެސް އަގުނަގަން ފަށަން ޖެހެލުން ނުވާވަރަށް ސަރުކާރު ހާލުގައި ޖެހިއްޖެއެވެ. 

    ދައުލަތް ހިންގުމުގެ ހަރަދު ކުޑަނުކުރެވުމުން މިހާރު އެހުރީ ގާނޫނުން ލާޒިމްކޮށްގެން ރިސޯޓުތަކުގެ ޑޮލަރ އާމްދަނީން %40 ޕަސެންޓް މާރުކުރުވަން ހިފާލާފައެވެ. ޓޫރިޒަމް އިންޑަސްޓްރީ ފުޑުފުޑުވިޔަސް މުއިއްޒަށް ހެވެ. ޑޮލަރު އާމްދަނީން ބޮލަކަށް 500 މާރުކޮށްގެންވެސް ޑޮލަރުގެ އަގުން ހަތަރުއަނާވެސް ތިރި ނުކުރެވުނު ބަޔަކަށް ޑޮލަރުގެ އަގުތިރި ކުރެވޭތަނެއް ނުފެނެއެވެ. ފެންނަނީ ބޭންކްތަކުން މާރުކޮށްގެން އެއްކުރާ ޑޮލަރުކޮޅު މަނިޓަރީއަށް ނަގައިގެން މުއިއްޒު ތަޅާބުރުވާލާ ތަނެވެ. ގައުމު އިނދަޖެހުނަސް މުއިއްޒަށް ވަރިހަމައެވެ. 

    ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 މާރުކުރަން މަޖުބޫރުކުރުވީ ވަރަށް ފުންކޮށް ވިސްނާ މަޝްވަރާކޮށް ގައުމަށް އެންމެ ފައިދާ ކުރާނެ ގޮތަކީ އެއީކަމަށް ވެގެންނޯލައެވެ. އެގޮތަށް ދުންފަތުގެ ގާނޫނެއްވެސް ދާދި މިދާކަށް ދުވަހު މުއިއްޒު ތައާރަފް ކުރިއެވެ. އާހިރުގައި އެކަން ނިމުނީ ޑަބްލިޔުއެޗްއޯ ބޮލަށް ކަނޑައިލާ އުނބަށް ޖަހައިގެންނެވެ. ޑޮލަރު މާރުކުރުމުގެ ގާނޫނު އުނބަށްޖަހާނީ ވޯލްޑް ބޭންކް ބޮލުގައި ތެއްގޯނި އަޅުވާފައި ނޫންކަމެއް ނޭގެއެވެ. އެނގޭކަމަކީ އާމްދަނީއަށްވުރެ ހަރަދުބޮޑުވެ ދެކޮޅުޖެއްސޭނެ އެއްވެސް ގޮތެއް މުއިއްޒަށް މިހާރު ފެންނާން ނެތްކަމެވެ.  

    ]]>
    Thu, 03 Sep 2026 23:30:30 +0500 މުއާޒު
    ރައްޔިތުންގެ މިލްކިއްޔާތު ނޮޅާލަނީ މުއިއްޒު | ރިސޯޓްއޯނަރުންނެއް ނޫން https://heerasnews.com/4553 https://heerasnews.com/4553 ރައްޔިތުންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާކޮށްގެން ހުރި އެންމެ އިސް ހާދިމު މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ރައްޔިތުންގެ ހިތުގައި ރައްޔިތުންގެ ތެރެއިން ވަކިބަޔަކާމެދު ނަފްރަތު އުފެއްދުމަށް މުއިއްޒު ކުރާ މަސައްކަތުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. . 

    ރާއްޖޭގައި ތިބި ބޮޑެތި ވިޔަފާރިވެރިންނާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފެއްދުމަކީ ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ މުޅި އިގުތިސޯދަށް އޭގެ ނުބައި އަސަރުކުރާނެ ކަމެކެވެ. އެތައް އާއިލާއެއްގެ އާމްދަނީއަށް އަސަރު ކުރާނެ ކަމެކެވެ. 

    ރާއްޖޭގައި މުއްސަދިވެފައި ތިބި ބަޔަކު މުއްސަނދިވީ އެ މީހުންގެ ހިތްވަރާ މަސައްކަތުންނެވެ. މުއްސަދިން މުއްސަދިވީ ފަޅި ސިކުންތަކުން ނޫނެވެ. ގައުމުން ލިބޭ ހަނި ފުރުސަތުގެތެރެއިން ކުރިއެރުން ހޯދާ މުއްސަދިވުމަކީ  އެ މީހުންގެ ކުޅަދާނަކަމާއި ކެރުމުގެ ނަތިޖާއެވެ. 

    އެއްވެސްތަނެއްގައި އެންމެންނަކީ މުއްސަދިންނެއް ނޫނެވެ. ފުދުންތެރި ރައްޔިތެއް ބިނާކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. އެކަން ނުކޮށް ހުރެ މުއްސަދިންނާ ޖެހިގަތަކަސް ފުދުއްތެރި ރައްޔިތެއް ނުއުފެއްދޭނެއެވެ. ރައްޔިތުން ޖަޒްބާތުގައި ޖައްސައިގެން ފަގީރުކަމެއް ނައްތައެއް ނުލެވޭނެއެވެ.

    ކިތަންމެ ބާރަށް މުއިއްޒު ބުންޏަސް އަޑުނާހާށެވެ. އަސްލުގައި ރައްޔިތުންގެ މިލްކިއްޔާތުން ނާޖާއިޒު މަންފާ ނަގަނީ ރިސޯޓް އޯނަރުންނެއް ނޫނެވެ. ރައްޔިތުންގެ ހަޒާނާއަށް އަތްދަރާލައިގެން ގައުމު ދަވާލަނީ މުއިއްޒާއި މުއިއްޒުގެ ބައިވެރިންނެވެ. ޑޮލަރު މާރުކޮށްގެން އެ ޑޮލަރުތަކުން އަޗާތަޅާނީ ވެސް މުއިއްޒާއި މުއިއްޒުގެ ބައިވެރިންނެވެ. އާއްމު ރައްޔިތަކަށް އެކަމުން ވާނެ މޮޅެއް ރަނގަޅެއް ނުއޮންނާނެއެވެ.

    އެއްވެސް ގައުމެއްގައި އެންމެންނަކީ އެއްވަރު ބައެއް ނޫނެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުވަނީ މުއްސަދިން ގިނަވީ ވަރަކަށެވެ. މުއްސަދިން ފުޑާލައިގރން އެއްވެސް މީހަކަށް ވާނެ މޮޅެއް ނުއޮންނާނެއެވެ  މުއިއްޒުގެ ޖީބުފުރާ ގޮށްމޮށުބާރު ގަދަ ކުރުމަށް ރައްޔިތުންނާ ރިސޯޓް އޯނަރުންނާ ޖައްސަން ނުހަދާށެފެ.

    ]]>
    Tue, 01 Sep 2026 11:37:56 +0500 މުއާޒު
    ބޭރުގެ ހޮޓެލްޗޭނުތައް ރާއްޖެ ދޫކޮށްލަން މަޖުބޫރުކުރަނީ https://heerasnews.com/4550 https://heerasnews.com/4550

    މުއިއްޒެވެ. ވީ ވައުދުތައް ބަހައްޓާށެވެ. އެއްކަމެއް ވެސް ދެން ކުރާކަށް އުޅޭނެކަމެއް ނެތެވެ. މުއިއްޒަކަށް ތިޔަކަމެއް ނުތްވެވެ. ދެން ނުވެސް ވާނެއެވެ. ވެރިކަމެއް ކުރާނެ ހުނަރެއް ގާބިލުކަމެއް މުއިއްޒުގެ ނެތެވެ.

    މޮޔަ މުއިއްޒޫއެވެ. ރައްޔިތުންނަށް ހައްގު މިންވަރު ހޯދާދޭނީ މީހުންގެ ޖީބު ކަނޑައިގެނެއް ނޫނެވެ. މީހުން ކުރާ ހަލާލު މަސައްކަތަށް ލިބޭ އާމްދަނީއަށް ހަދާނެގޮތް އެގެންޖެހެނީ އެމީހަކަށެވެ. މުއިއްޒަކަށް ނޫނެވެ.

    ރިސޯޓް އޯނަރުން ރިސޯޓް ހިންގަނީ ހިލެއަކުނޫނެވެ. ދައުލަތަށް ފައިސާ ދީގެންނެވެ. އޮޅިގެން ނޫޅޭށެވެ. ރިސޯޓްތައް ހިންގަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ހެދިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

    ރާއްޖޭގައި ރިސޯޓް ހިންގާތީއޭ ކިޔާފައި ކުއްލި ކުއްލިއަށް ގާނޫނަށް ބަދަލުގެނެސްގެން ހައްގު މިންވަރޭކިޔާ ލޫޓުވައެއް ނުލެވޭނެއެވެ. އެ ފުރުސަތެއް އެ މީހުންވެސް ނުދޭނެއެވެ.

    އާމްދަނީގެ ވަކި ފަސެންޓެއްގެ ޑޮލަރ މާރުކުރަން މަޖުބޫރުކުރާހެން ހޯދާ ދަރިންގެ ބޮލުންވެސް ސަރުކާރަށް ފައިސާ ނަގަން ނުފަށާނެ ކަމެއް ނޭނގެއެވެ. ރާއްޖޭގެ ވެއްޓަށް ނޭވާލާތީއާއި ދެކަމު ހާޖަތަށް ދާތީވެސް އާމްދަނީގެ ވަކި ޕަސެންޓެއް ދައްކަން މަޖުބޫރު ކުރަންވެސް އުޅެފާނެއެވެ.

    މިދާވަރުން ދަންޏާ ބަންޑާރަ ގޯތިތަކުންވެސް ހައްގު މިންވަރު ނަގަން ދެންލަހެއް ނުވާނެއެވެ. ހަލާލު ހުއްދަ މަސައްކަތެއްކޮށްގެން ހޯދާ ފައިސާ ބަހައްޓާނެ ތަނަކާއި މާރުކުރާނެ މިންވަރު މުއިއްޒު ކަނޑަޅާ ހިސާބަށް ދިޔައިމާ އެއަކަށް ހައްގު މިންވަރެކޭ ނުކިޔާނެއެވެ. ރާއްޖޭގައި ހިންގާ ކޮންމެ ވިޔަފާރިއެއްގެ މިލްކުވެރިކަން ރާއްޖެއަށް ލިބިގެނެއް ނުވެއެވެ. 

    މުއިއްޒުގެ ދޯހަޅި ގަބު ސިޔާސަތާހުރެ ދުނިޔޭގެ އަގުބޮޑު ހޮޓަލްޗޭނުތައް ރާއްޖެ ދޫކޮށް ދިޔުމަށް މަޖުބޫރުވުމުން އޮންނާނީ ރާކަނިމަސް ކެވިފައެވެ. މުއިއްޒުގެ މަޖުބޫރު ކުރުންތައް އެހުރީ އެ މިސްރާބަށެވެ.

    މާތް ކަލާކޯއެވެ. މުއިއްޒު އިތުރަށް ހައްގު މިންވަރު ހޯދާދޭން ނޫޅެ އަވަހަށް އިސްތިއުފާ ދޭށެވެ. މުއިއްޒު އޮބި އަޅައިގެން ހޯދަން ތިޔަ އުޅެނިއްޔަކީ ރައްޔިތުންނަށް ހައްގު މިންވަރެއް ނޫނެވެ.  ދައުލަތް ދަވާލަން ހޯދާ ފައިސާއެވެ. އިތުރަށް ހައްގު މިންވަރޭ ރައްޔިތުންނޭ ނުކިޔާ ވައްޓާލުމުގެ ކުރިން އަވަހަށް އިސްތިއުފާދޭށެވެ.

    ]]>
    Mon, 31 Aug 2026 17:40:18 +0500 މުއާޒު
    ބޮޗޭއަށް: ބާރުއޮތަތީ ގާނޫނު ހަދައިގެން މީހުންގެ މުދަލެއް ނުފޭރެވޭނެ. https://heerasnews.com/4546 https://heerasnews.com/4546 ރިސޯޓުތަކުން ހޯދާ ފައިސާއަކީ ކާކުގެ ފައިސާއެއްކަން ބޮޗޭއަށް މިހާރު އޮޅުނަސް ރިސޯޓު އޯނަރުންނަށާއި ރިސޯޓު މުއައްޒަފުންނަކަށް އެކަމެއް ނޯޅެއެވެ. ސަރުކާރާ ދެކޮޅަށް ރިސޯޓު މުއައްޒަފުން ނެރެން މާލަސްވެއްޖެއެވެ. 

    ރިސޯޓު އޯނަރުން އެ މީހުންގެ މުވައްޒަފުން އައްޑަނައަކަށް ނުހަދައެވެ. ހަދާކަށް ނުވެސް ޖެހެއެވެ. ރިސޯޓު މުވައްޒަފުން އެ ތެދުވަނީ ލޮލުން ބޮލުން އެދިގެން އެމީހުންގެ އަމިއްލަ ހައްގުތައް ހިމާޔަތްކުރުމަށްޓަކައެވެ. ގާނޫނު ހަދައިގެން މީހުންގެ ހައްގުތަކަށް އަރައިގަންނަން ސަރުކާރާއި މަޖިލީހަކަށް ހައްގެއް ނުއޮންނާނެއެވެ. ޑޮލަރާއި ގުޅުވާ ހަދައިގެން ތަންފީޒުކުރަން ތިޔައުޅޭ ގާނޫނަކީ ނިޒާމީ ގޮތެއްގައި ލޫޓުވުމުގެ ގާނޫނެކެވެ. ގައިރު ގާނޫނީ ގާނޫނެކެވެ. 

    އާނއެކެވެ. ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ވިޔަފާރިތައް ހިންގަންޖެހެނީ އެ ގައުމެއްގެ މާލީ ގާނޫނުތަކުގެ ތެރެއިންނެވެ. އެއްޔަކީ ކުޅިކުޅިވަރަށް ބޮޑުގެރި ބޭރަށް ހިންގާހެން ޖަޒްބާތުގައި ކުއްލިކުއްލިއަށް ބަދަލުގެންނަ އެއްޗެއްވެސް ނޫނެވެ.

    ދުނިޔޭގައި މީހުން ކަންކަން ކޮށް އުޅޭގޮތަކީ ގައުމީ ބޮޑެތި މައްސަލަތަކުގައި އިލްމީ ފެންވަރެއްގައި ބޮޑެތި މަޝްވަރާތައްކޮށް ގުޅުންހުރި ހުރިހާ ދާއިރާއެއްގެ ރުހުމާއެކު ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ގެނައުމެވެ. އެނޫން ގޮތަކަށް އަމަލުކުރުން އެއީ އަނިޔާވެރިވުމެވެ. އެއްޔަ ކީ ދުނިޔޭގައި ކަންހިނގާ އާންމު އުސޫލެއްވެސް ނޫނެވެ. 

    ބޮޗޭ މަނިއްގަޑާ ގަމާރުވިޔަސް ތިޔަ ވަރަށް ގަމާރުވާކަށް ނުވާނެއެވެ. ކޮންމެ ރިސޯޓަކީވެސް ސަރުކާރާއި ރިސޯޓުގެ ވެރިފަރާތް ނުވަތަ ހިންގާ ފަރާތާއި ދެމެދު ގާނޫނާ އެއްގޮތަށް ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުންދާ ތަންތަނެވެ. ކަނޑައެޅިފައިވާ ކުއްޔަކާއި ޓެކްސްއަކާއި ފީއެއް ދައްކަމުން ހިންގާތަންތަނެވެ. އެ ތަންތަން ބޭނުންކޮށްގެން ހޯދާ އާމްދަނީއަކީ ސަރުކާރުގެ އެއްޗެއް ނޫނެވެ. ރައްޔިތުންގެ އެއްޗެއްވެސް ނޫނެވެ. 

    މީހަކަށް ކުއްޔަށްދޭ އިމާރާތެއް ބޭނުންކޮށްގެން ކިތަންމެ ފައިސާއެއް ކުއްޔަށް ހިފިފަރާތުން ހޯދިޔަސް އެ ފައިސާއަކީ އިމާރާތުގެ ވެރި ފަރާތުގެ އެއްޗަކަށް ނުވޭ ނޫންހެއްޔެވެ. އިމާރާތުގެ ވެރިފަރާތަށް ލިބޭނީ އެއްބަސްވެފައިވާ ކުއްޔާއި އެނޫން ގޮތަކުންވެސް ދޭން ކަނޑައެޅިފައި އޮންނަ އެއްޗެކެވެ. މަގޭ މިލްކު ބޭނުންކޮށްގެން ހޯދާ ފައިސާގެ ވެރިއަކީ ތިމަންނައޭ ކިޔައިގެން އިމާރާތުގެ ވެރިފަރާތަކުން ނޫޅޭ ނޫން ހެއްޔެވެ. ރިސޯޓުތައް ކަމަށްވިޔަސް އެއުސޫލުން ބޭރެއް ނުވާނެއެވެ.

    ރިސޯޓުތަކުގެ އާމްދަނީން ރައްޔިތުންނަށް ނުވަތަ ސަރުކާރަށް ލިބޭނީ އެއްބަސްވެފައިވާގޮތަށް ދައްކަންޖެހޭ އެންމެހާ ފައިސާއެވެ. އެނޫން ހުރިހާ އެއްޗަކީ ރިސޯޓްތަކުގެ އޯނަރުންގެ އަމިއްލަ މިލްކެވެ. އެ ފައިސާއިން ހޭދަކުރާނެ ކަމަކާއި ބަހައްޓާނެތަނަކާ އެނގޭނީ އެ މާލުގެ ވެރިފަރާތް ރިސޯޓް އޯނަރަށެވެ. ހިތުހުރިހާ ގޮތްގޮތަށް ގާނޫނު ހަދައިގެން ބާރު އޮތަތީ މީހުންގެ މުދަލެއް ގާނޫނަކުންވެސް ނުފޭރެވޭނެއެވެ. 

    މުއިއްޒާ ޕީއެންސީއަށް ވެރިކަން ކުރަން ނޭނގިގެން ގައުމުގައި ޑޮލަރު ނުހިފެހެއްޓުމުގެ ޒިންމާ ބައެއްގެ ބޮލުގައި އަޅުވާ ލޫޓުވަން ގާނޫނުތައް ނުހަދާށެވެ. ރާއްޖޭގައި ޓޫރިޒަމަށް އިންވެސްޓްކޮށްގެން ތިބި ދުނިޔޭގެ ބޮޑެތި ހޮޓެލް ޗޭނުތައް ރާއްޖެ ދޫކޮށް ހިނގައިދާނެއެވެ. ރާއްޖޭގައި ޓޫރިޒަމަށް އިންވެސްޓްކޮށްގެން ތިބީ ކޮލި ފެމެލީ އާއި ޗަންޕާ ފެމެލީ އާއި ބުރުމާ ކަހަލަ ދިވެހިން އެކަންޏެއް ނޫނެވެ.

    ގަދަކަމުން ޑޮލަރު މާރު ނުކުރުވިޔަސް ރިސޯޓް މުއައްޒަފުންނަށް ޑޮލަރުން މުސާރަ ދިނަސް ރާއްޖޭގެ މާލީ ނިޒާމަށް އިތުބާރު އޮންނަ ނަމަ ރާއްޖޭގެ ބޭންކުތަކުގައި ބޭރު ފައިސާ ( ޑޮލަރ) ހުރީހީ ފުނިޖެހިފައެވެ. ސިޔާސީ ނުފޫޒުގައި ޖެހި ވެރިންގެ ބަންގާޅުފޮއްޓަށް އެމްއެމްއޭވެ ރާއްޖޭގެ މަރުކަޒީ ބޭންކުގެ އިތުބާރު ގެއްލުމުން ހަދާ ގާނޫނަކުން ޑޮލަރެއް ނުހިފެހެއްޓޭނެއެވެ. 

    ]]>
    Sun, 30 Aug 2026 03:25:03 +0500 މުއާޒު
    ގައުމު ފުނޑާލާއިރު މުއިއްޒަށް އެއްވެސް ޕްރެޝަރެއްނެތް https://heerasnews.com/4541 https://heerasnews.com/4541 ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ އަޑު ކަނޑުވާލާ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ރަބަރުތައްގަޑަށް ބަދަލުކޮށްފިއެވެ. ގިނަ ނޫސްވެރިންނާއި ނޫސްތައް ގަނެލާ  ސަރުކާރުގެ ޕްރޮޕަގެންޑާ މެޝިނުތަކަކަށް ހަދައިފިއެވެ. މިނިވަން މުއައްސަސާތަކަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް އަނބުރާ ޗާބީދޭ ބުދުތަކަކަށް ހަދައިފިއެވެ. ފަނޑިޔާރުންނާއި ފަނޑިޔާރުގެއަކީ ރައީސްގެ ގޮނޑިކޮއްކޮއަކަށް ހަދާ ނިމިއްޖެއެވެ.

    ގައުމީ ބޭންކަކީ ސަރުކާރުން ބޭނުން ގޮތަކަށް އަނބުރާ އުޑިއަކަށް ހަދައިފިއެވެ. މަރުކަޒީ ބޭންކަކީ ރައީސްގެ ސުންބުއްޔަށް ހަދައިފިއެވެ. ސްވެޕާއި ބޮންޑާ ޓީބިލުން ގައުމު ހިންގަން ދިމާކޮށްފިއެވެ. މަނިޓަރީއަށް ބިންގަނެ މަރުކަޒީ ބޭންކް ދިޔަފެލައި ހުސްކޮށްފިއެވެ. ޕެންޝަންފަންޑް ނޮޅާލައިގެން ސަރުކާރުގެ އިސްރާފުތަކަށް ހޭދަކޮށް ނިންމައިފިއެވެ.

    އަމިއްލަ ފާމަސީތަކާއި ކުލިނިކުތަކަކީ ބޮޑެތި ވަގުންނަށް ހަދާ އެތަންތަނުގައި ތަޅުއެޅުވުން މަޖުބޫރުކޮށްފިއެވެ. ސަރުކާރުގެ މަސައްކަތްތައް ކުރުވާ މަސައްކަތުގެ އަގުނުދީ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ބަނގުރޫޓް ކޮށްފިއެވެ. ދެރަވަރު އާދައިގެ މުއައްޒަފުން ވަޒީފާތަކުން ވަކިކޮށް މަގުމަތިކޮށްފިއެވެ. 

    ސިނގިރޭޓަކީ ސްމަގުލުކުރެވޭ އެއްޗަކަށް ބަދަލުކޮށް އޭގެ އަގު އުފުލާ އެތައް ބަޔަކަށް ޝަރީއަތް ހިންގައިފައި އަތަށް ގޮވުމުން ޑަބްލިޔުއެޗްއޯ ބޮލުގައި ތެތްގޯނި އަޅުވައިފިއެވެ. ބޯހިޔާ ވަހިކަމުގެ ނަމުގައި ދައުލަތް ލޫޓުވާލަން ރަސްމާލޭގެ ނަމުގައި އެތައްސަތޭކަ މިލިޔަންޑޮލަރ މޫދަށް އަޅާލައިފިއެވެ. ގެގްއޯޑަރުން އަނގަ ބަންދުކޮށް އެލްސޯފާ ފޮރުވައިފިއެވެ. 

    އަތޮޅުކައުންސިލްތައް އުވާލާ ކައުންސިލްތަކުގެ ގާނޫނީ ބާރު ކަނޑުވާ ލައިފިއެވެ. ރަށްރަށުގެ ބިންތައް ބޭނުން އިރަކު ބޭނުގޮތަކަށް ނެގުމުގެ ބާރު ސަރުކާރަށް ހޯދައިފިއެވެ. 

    ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ %40 މާރުކުރަން މަޖުބޫރުކޮށްފިއެވެ. ހުއްދަނަގައިގެން ފައިސާ ބަދަލުކުރާ މީހުންގެ އާމްދަނީ ބަންދުކޮށްލައިފިއެވެ. ޑޮލަރުން މުސާރަލިބޭ މީހުންގެ ޢާމްދަނީ ބަންދުކޮށްފިއެވެ.

    ކުދިކުދި ކަންކަމާ ބޮޑެތި އަދަދުން ޖުރުމަނާކުރާ ގޮތަށް ކުށުގެވެށި ފުޅާކޮށްފިއެވެ. ދޭ ހިދުމަތެއް ނެތި ޓެކްސްތައް ބޮޑުކޮށް ޖީބުކަނޑައިގެން ފައިސާ ހޯދަނީއެވެ. ބައިއަޅައިގެން ދައުލަތް ދަވާލާ ހުސްކޮށްފިއެވެ. ބާޒާރުގައި މުދަލުގެ އަގުބޮޑުވެ އަނގަޔާ އަތާ ދިމާނުވާވަރަށް ރައްޔިތުން ހާލުގައި ޖައްސައިފިއެވެ.

    މައްސަލައެއް ނެތްތާއެވެ. ހިރުވާތަން ކަހާވެސް ނުލާ ދެން ކީއްކުރަނީގައި ރައްޔިތުން ތިބީ ހަނެވެ. ކުށްވެރިކުރުމާ ބަޔާން ނެރުމާއި ޕެޓީޝަން ހެދުންނޫން ކަމެއް ނެތެވެ. މުއިއްޒު ގެންނަހާ ބަދަލަށް ރައްޔިތުން ތިބީ ލޮލުން ބޮލުން ތާއީދުކޮށް ރުހި ގަބޫލުވެގެންނޭ ބުނަން ތަންމިނަށް ޖާގައޮތީ ދީފައެވެ. އިދިކޮޅާއި އެއްކޮޅުވެސް އޮތީ ލޯމަރާ ތަގުޅިކޮށްގެންނެވެ. ހިތުހުރިކަމެއް ހިތުހުރިކަމެއް ސަރުކާރުން ކުރަމުން ދާއިރު 2028އަށް ދޮންކުރުންނޫން ކަމެއް ކުރާތީއެއް ނުފެނެއެވެ. މުޅި ގައުމު ފުނޑާލާއިރު މުއިއްޒަށް އެއްވެސް ޕްރެޝަރެއް ނެތެވެ.  

    ]]>
    Sat, 29 Aug 2026 02:45:40 +0500 މުއާޒު
    މުއިއްޒަށް: ނޭނގިވެސް ތިޔަ ލެވެނީ ކުޅަނދުރު ހަތައަށް އޮއްގާ https://heerasnews.com/4536 https://heerasnews.com/4536 ޖަޒްބާތުގައި މުއިއްޒު އެޅި އެއްވެސް ފިޔަވަޅަކުން ގައުމަށްވީ ރަނގަޅެއް ނެތެވެ. ވެރިކަމަށް އެރީއްސުރެ ކުއްލި ކުއްލިއަށް ބޮޑެތި ބޮޑެތި ކަންކަމަށް ބަދަލު ގެނައުމަކީ މުއިއްޒުގެ އާދައެކެވެ. ޖަޒްބާތުގައި އެހެން ގެނައި އެއްވެސް ބަދަލަކުން ރަނގަޅެއް ނުވިތާ ލިބިފައިވަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުމެވެ. އެހެން ކަމުން އަނބުރާ އުނބަށް ޖަހަން ނުޖެހޭ އެއްވެސް ކަމެއް މުއިއްޒު ނުކުރެއެވެ.

    އިންޑިއާ ސިފައިން ބޭލުމާއި ހެލްކޮޕްޓަރތަކާއި ޑޯނިއާ ބޯޓު ބޭރުކުރުމުން ފޭށިގެން އުނބަށް ނުޖަހާ ވަކިކަމެއް ނެތޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. އެއްގައުމަކަށް ބަރޯސާވުން ނިމުމކަށް ގެނައުމުގެ ނަމުގައި އިންޑިއާއިން ބޭސްފަރުވާކުރުން ނިމުމަކަށް ގެނައުމަށް ބެންކޮކާއި ދުބާއިން ބޭސްކުރެވޭނެ ގޮތް ހެދުމާއި ޔޫރަޕުން ބޭސް އެތެރެކުރަން އުޅުމާއި ތުރުކީން ކާޑުގެންނަން އުޅުމާއި ލަންކާއަށް ބާއްވަން ނިންމި އެއަރ އެމްބިއުލާންސް ފަދަ ހުރިހާކަމެއް ކޮޅުމުގުލަށް އަރާ އިންޑިއާގެ އުނގަށް ވެއްޓިގަތް ގަތުމުން ސިޔާސަތެއް ދުރު ވިސްނުމެއް ނެތްކަން ކަށަވަރުވިއެވެ.

    ލޭނު މަސްވެރިކަން ކުރަން ހުއްދަދޭން އުޅުނު އިރުވެސް ހީވީ އެހެން ކަމެއް ވެގެން އުޅުނުހެނެވެ. ގަވައިދުތައް ހަދާ އުސޫލުތައް އެކުލަވާލާ ހުއްދަދަދޭން ތާރީހު ކަނޑައަޅާ ނިންމިއެވެ. އެހެން ނަމަވެސް ލޭނުމަސްވެރިކަމަށް ހުއްދަދޭން އޮތް ދުވަހުގެ ރެއަށް އިރު އޮއްސިފާ އިރު އެރިއިރު ކުރިހާކަންކަން ދުއްވާލީ ފަނުފުލުންނެވެ. ލޭނުމަސްވެރިކަމަށް ހުއްދަނުދޭން ކުއްލިއަކަށް ނިންމާ އެކަންވެސް ޖެހީ އުބަށެވެ. 

    ސިނގިރޭތާއި ދުންފަތުގެ ބާވަތްތަކުގެ ޓެކްސް ބޮޑުކޮށްގެން ގަންނަން އުޅުނު ގަނޑު އަތަށް ގޮވާ އެތައް ބަޔަކު ކުށްވެރިންނަށްވެ ސްމަގުލްގެ ތެރެއަށް އެތައް ބަޔަކުވައްޓާލުމަށް ފަހު ޔޫޓާން ނަގަން ޖެހުނު ގޮތުގެ ތަޖުރިބާ ކުރީ އިހަށް ދުވަހުއެވެ. އެތައް ބަޔަކަށް ބޮޑެތި އަނިޔާލިބި ދައުލަތަށް ފޫނުބެއްދޭވަރުގެ ގެއްލުން ވުމުން ގަދަކަމެއް ނުދެއްކުނެވެ. ޖެހުނީ ހަތިޔާރު ބަހައްޓާ ގޮތް ދޫކުރާށެވެ. 

    ޑޮލަރުގެ ކަޅު ބާޒާރު ނައްތާލުމުގައި ވެސް ދިމާކޮށްފައި އެހުރީ އޮބި އޮންނަވަރުގެ ބަދަލުތަކެއް ގެނައުމަކަށް ނޫނެވެ. ރާއްޖޭގެ ޒަމާންވީ ފަތުރުވެރިކަމުގެ ސިނާއަތު ފުނޑިގެންދާތަން މުއިއްޒަކަށް ނުފެނެއެވެ. ގަދަފައި ވިއްދާފައި އެހުރީ ޑޮލަރުގެ އަގުތިރިކުރެވޭކަން ދައްކާށެވެ. ޓޫރިޒަމް އިންޑަސްޓްރީ ފުޑި ގައުމު ބަނގުރޫޓް ވަންދެން ގޮތްދޫނުކޮށް މުއިއްޒު މަވެތިކަން ދައްކާނެއެވެ. އާހިރުގައި މުޅި ޓޫރިޒަމް އިންޑަސްޓްރީ ފުނޑި އިޔާދަ ނުކުރެވޭވަރަށް ގެއްލުންވާފަހުން ޑޮލަރުގެ ސިޔާސަތު ބަދަލު ކުރާނެކަމީ ޝައްކެއް ނެތް ކަމެކެވެ. އޭގެކުރީން މުއިއްޒުގެ ބޮލާފޮށާއެޅި ސައްޕުޖަހާ ބޭރުނުކޮށް ހުރެއްޖެއްޔާވެސް ގައިނަސީބެވެ. ވާނުވާގައިހުރެ ކުޅަނދުރު ހަތައަށް އޮއްގާ އުކޭކަންވެސް މުއިއްޒަކަށް ނޫގެއެވެ. 

    ]]>
    Thu, 27 Aug 2026 01:02:24 +0500 މުއާޒު
    ދިވެހިފައިސާ ގިނަވެގެން އުޅެނީ ބާޒާރަކުނޫން | ސިޔާސީންގެ ޕޮކެޓްގައި https://heerasnews.com/4531 https://heerasnews.com/4531 ޑރ. މުއިއްޒު ގައުމު އިނދަޖައްސާލި ގޮތުގެ ކުޑަ ތަސައްވަރެއް ހިތައް ގެންނަވާށެވެ. ކަމުން ރެކެން މުއިއްޒު ސަރުކާރުން ކޮންމެ ބަހަނާއެއް ދެއްކިޔަސް ހަގީގަތް ވަރަށް ތަފާތެވެ. ކުއްލި ކުއްލިއަށް ގާނޫނާއި ގަވައިދަށް ގެންނަ ބަދަލަކުން ރާއްޖޭގެ މާލީ ނިޒާމް ހަމައަކަށް އެޅުވޭނެ ގޮތަކީ ނެތް ގޮތެކެވެ.

    ތެދެކެވެ. މުއިއްޒު ވެރިކަމާ ހަވާލުވިއިރު 2026 ގައި ދައްކަން މަޖުބޫރު 1.2 ބިލިޔަން ޑޮލަރާ ގާތްކުރާ މިންވަރަށް ބޭރުގެ ދަރަނި އޮތެވެ. ކޮވިޑް19 އާއި ގުޅިގެން އާމްދަނީ ލިބުން ހުއްޓުމުން ގައުމު ހުއްޓި ރައްޔިތުން ބަނގުރޫޓް ވިޔަނުދިނުމަށް  800 މިލިޔަން ރުފިޔާ ޗާޕްކުރަން ކުރީ ސަރުކާރަށް މަޖުބޫރުވިއެވެ. 

    ޑޮލަރުގެ އަގު ބޮޑުވެގެން އަތްނުފޯރާފަށަށް އަރައިގެން ދިޔައީ 800 މިލިޔަން ރުފިޔާ ޗާޕްކުރުމަކުން އެކަންޏެއް ނޫނެވެ. މުއިއްޒު ވެރިކަމަށް އައިރު ކަޅުބާޒާރުން ޑޮލަރު ގަންނަން ލިބޭއަގު 16.5 ރުފިޔާއަށް ވުރެ މައްޗަކަށް ނުދެއެވެ. އެހެން ނަމަވެސް މުއިއްޒުގެ ވެރިކަމާއެކު އެއްދުވަހުން އަނެއް ދުވަހަށް ޑޮލަރުގެ އަގު އުފުލެމުންގޮސް -/23 ރުފިޔާއަށް ވުރެ ޑޮލަރެއްގެ އަގު ބޮޑުވެގެން ދިޔައީ މުއިއްޒަށް ދައުލަތް ހިންގަން ނޭނގުމުގެ ސަބަބުންނެވެ.  

    ކުރީ ސަރުކާރުން ޗާޕްކުރި ފައިސާއަށްވީ ކިހިނެއް:

    ޗާޕްކުރި ފައިސާގެ ތެރެއިން ކުރީ ސަރުކާރުން ބަޒާރަށް ނެރުނީ ޗާޕްކުރި ފައިސާގެ 20 ޕަސެންޓަށްވާ 160 މިލިޔަން ރުފިޔާއެވެ. ބާކީ ހުރި 640 މިލިޔަން ރުފިޔާ ހުރީ އެމްއެމްއޭގައި ހިފެހެއްޓިފައެވެ. 

    ކުރީ ސަރުކާރުން ޗާޕްކުރި ފައިސާއިން ހިފެހެއްޓިފައިހުރި 80 ފަސެންޓް ކަމުގައިވާ  640 މިލިޔަން ޗާޕްކުރި ރުފިޔާ ބާޒާރަށް ނެރެ ބޭނުން ކުރީ މުއިއްޒު ވެރިކަމަށް އައިސް އުފެއްދި އެތައް ހާސް ސިޔާސީ ވަޒީފާތަކުގައި އުޅޭ މީހުނަށް މުސާރަ ދިނުންފަދަ މަންފާއެއް ނެތް ކަންކަމަށެވެ. ހަގީގަތުގައި ރައީސް ސޯލިހު ސަރުކާރުން ޗާޕްކުރި ފައިސާގެ 80 އިން ސައްތަ ތަޅާ ބުރުއްސާލީ މުއިއްޒެވެ. 

    މަތިބަރު ސަރުކާރުގެ އިސއްރާފު

    މުއިއްޒު ވެރިކަން ކުރަން ފެށީ 25 ވުޒާރާ ހިމެނޭ ބޮޑު ސަރުކާރަކުންނެވެ. ވުޒާރާތައް ހިންގަން އެތައް ބިލިޔަން ރުފިޔާއެއް ހޭދަކުރަމުން ކެބިނެޓް މިނިސްޓަރުންގެ އިތުރަށް މިނިސްޓަރ ފެންވަރުގެ އެތައް ބޭފުޅުންނަށް ދަައުލަތުން މުސާރަ ދެމުން ގެންދަން ފެށިއެވެ. ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެސްޕީޑީންނާއި ޕީޑީން ގެ ގޮތުގައި އެތައްހާސް ބަޔަކަށް އަތްގުޅިނުކާވަރުގެ ބޮޑު މުސާރަތައް ދިނީ މަދެއް ސުމާރެއްކޮށް ނޫނެވެ. 

    ނަތީޖާއެއްގެ ގޮތުން އެމްއެމްއޭގައި ހިފެހެއްޓިފައި ހުރި ހުރިހާ ފައިސާ ބޭކާރު ސިޔާސީންގެ މުސާރައަށާއި އަޗާތެޅުމަށް ކުރުމުއްދަތެއް ތެރޭގައި ނެރެލުމުން ވީގޮތް އެކަކަށްވެސް ނޯޅެއެވެ. ގުއިނުދެކޭ ކާޅުތަކެއް ފަދައިން މުއިއްޒުގެ ސިޔާސީ އަނދޮޅުން ހޮލިޑޭ ހެދުމަށާއި ވީކެންޑަށް ބޭރު ގައުމުތަކަށް އުދުހިގަތީ ތަނެއް ދޮރެއް ބެލުމެއްނެތިއެވެ. އެކަމުގެ ސަބަބުން ދައުރުވަމުން ދިޔަ ގިނަ އަދަދެއްގެ ޑޮލަރު ރާއްޖޭން ބޭރުވީ ލައްކަ ލައްކައިންނެވެ.

    ކަރުދާހު އެތައް ކުންފުންޏެއް އުފަންކޮށް އެކުންފުނިތަކަށް ބޮޑު މުސާރައިގައި އެތައް ސަތޭކަވެރިންލާ އެކުންފުނިތަކުން ސިޔާސީ އެތައް އެކްޓިވިސްޓުންނަށް މުސާރަދޭން ފެށުމަކީވެސް މާލީ ނިޒާމަށް ލޮޅުން އަރުވާލި ކަމެކެވެ. މުއިއްޒުގެ ޕްރަމޯޝަނަށް ކުންފުނިތައް މެދުވެރިކޮށް ހުއްޓުމެއްނެތި ކުރުވަމުންދާ އިސްރާފުގެ ވާހަކަ ދެއްކުމެއް ނެތެވެ. 

    ހަމަތެދެކެވެ. ދިވެހި އިގްތިސޯދުގެ ތެރޭގައި ދިވެހި ފައިސާ ދައުރެއް ނުވެއެވެ. ފިހާރަތަކުގެ ވިކުރާ ބަލާލުމުން ބާޒާރުގައި ދިވެހި ރުފިޔާ ގިނަވެގެން ނޫޅޭކަން ވަރަށް ސާފެވެ. ދިވެހި ފައިސާ ގިނަވެގެން އުޅެނީ ސިޔާސީ ވެރިންގެ ޕޮކެޓްގައެވެ. ސިޔާސީ ވެރިން އެފައިސާ އިން ޑޮލަރު ގަނެގެން ޑޮލަރުތައް ތަޅާބުރުވަނީ ބެންކޮކާއި އިންޑޮނޭޝިޔާއާއި މެލޭޝިއާއާއި ދުބާއީ ފަދަ ތަންތަނުގައި ބިރަކާނުލާ މަޖާކުރުމަށެވެ.

    ]]>
    Tue, 25 Aug 2026 17:30:07 +0500 މުއާޒު
    ޑޮލަރުގެ އަގު އުފުލެމުން ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން: ފައްޔާޒު https://heerasnews.com/4529 https://heerasnews.com/4529 ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން އެ ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުންކަމަށް ކުރީގެ އިގްތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ޑޮލަރުގެ އަގު އުފުލެމުން ދާދިއުމާ ގުޅޭގޮތުން ފައްޔާޒުގެ ފާޑުކިޔުއްވުން ސަރުކާރަށް ރައްދުކުރެއްވީ މޯލްޑިވްސް އެސޯސިއޭޝަން ފޮރ ޓޫރިޒަމް އިންޑަސްޓްރީސް (މަޓީ) އިން ނެރުނު ނޫސްބަޔާން ޓެގްކުރައްވާފައެވެ.

    އޮނަރަބަލް ފައްޔާޒު ވިދާޅުވީ މި ވެރިކަން ފެށުނުއިރު 17.50ރ. އަށްހުރި ޑޮލަރު މިއަދު 23ރ. ފަހަނައަޅައި މިދިޔައީ ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެންނެއް ނޫން ކަމަށެވެ. "މި ސަރުކާރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަޕޯޓު ފީތައް ބޮޑުކޮށްފި. ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފި. އީ ކޮމާސް ސައިޓުތަކުން 30 ޕަސެންޓު ދަނީ ނަގަމުން. ރާއްޖޭގެ ތާރީހުގައި ސަރުކާރަކަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް މި ސަރުކާރަށް ދަނީ ލިބެމުން. މި ފިޔަޅުތަކަކީ ހަރަދު ކުޑަކުރުމާ އެކުއެކީގައި އަޅަން ޖެހޭ ފިޔަވަޅުތަކެއް" ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

    ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނުއިރު ވެސް ރާއްޖޭގެ އިގުތިސޯދު ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް މި ސަރުކާރުން ވަނީ ވައްޓާލާފައި ކަމަށާއި ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން އެ ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުނާއި ހަރަދު ކުޑަނުކުރާތީ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

    ޑޮލަރުގެ އަގު ބޮޑުވަމުންދަނީ ރަސްމާލެ ހިއްކުމާއި، އަސްކަރީ ޑްރޯނާއި ހަތިޔާރު ގަތުމާއި، ބިލިއަނުން ހަރަދުކުރަން ޖެހިފައިވާ މުސާރައިގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެކަމުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮލުގައި ނޭޅުވޭނެ ކަމަށެވެ.

    "މި ސަރުކާރުން ޕްރައިވެޓް ސެކްޓާ އެއްކޮށް ފުނޑާލިއިރު ބޭރުން ފައިސާއެއް އަދި އިންވެސްޓްމަންޓެއް ވެސް ނުގެނެވުނު. ރައީސް އޮފީހުގެ ގޮފިތަކެއް ގޮތަށް ބީއެމްއެލް އާއި އެމްއެމްއޭ ބަދަލުކޮށް، މާރުކުރާ ޑޮލަރު ބޭނުންކުރަމުންދަނީ ސިޔާސީ އަޗާތެޅުމާއި އިގުތިސޯދަށް މަންފާނުވާނެ ހަރަކާތްތަކަށް" ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

    އެންމެފަހުން ގޮސް ގާނޫނީ އިމުގެ ބޭރުން 2.4 ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސޯދަށް ވެއްދީ މިދިޔަ މަހު ކަމަށާއި މިއަދު އެ ދިމާކުރަނީ ދިވެހި އިގުތިސޯދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންނާކަމަށް ފައްޔާޒު ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވާ ގޮތުގައި އެ އުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް އެތައް ހާސް ދިވެހިންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ފަންޑުކުރާށެވެ. 

    ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ކުރަން ޖެހޭ ހަރަދުތަކަށް ބޭނުންވާ ބޭރުފައިސާގެ މިންވަރަށް ބެލުމެއްނެތި އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާ ސަރުކާރުގެ އިސްރާފު ތަކަށް ހަރަދު ކުރުމަށް މާރުކުރަން މަޖުބޫރު ކުރުމަކީ އެ ވިޔަފާރިތައް ފުނޑި ރާއްޖޭގައި އިންވެސްޓްކުރުމަށް ފަސްޖެހުން ގެނުވާނެ ފަދަ ކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. " ދިވެހި އިގުތިސޯދުގެ ވިންދަކީ ޓޫރިޒަމް ވިޔަފާރިތަކާއި މަސައްކަތްތެރިން. ޓޫރިޒަމް ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން" ކަމަށް ވެސް ކުރީގެ އިގްތިސޯދީ ވަޒީރު ވިދާޅުވިއެވެ.

    ]]>
    Tue, 25 Aug 2026 01:40:56 +0500 މުއާޒު
    މުއިއްޒު އުޅެނީ ފެލައިލާ ދަވާލައިގެން ފިލާރައްކާވުމަށް!؟ https://heerasnews.com/4521 https://heerasnews.com/4521 ރައީސް މުއިއްޒުގެ ލާހޫރޭ ސަރުކާރުގެ ދޯހަޅިކަމާއެވެ. ކުރާ އެއްކަމެއްގައިވެސް ފެނެއް ނުހިފައެވެ. ގާބިލުކަމެއް ހިންގުންތެރި ކަމެއް ނެތެވެ. އިސްްރާފާއި ކޮރަޕްޝަނުގައި ސުމާރެއް ނެތެވެ. ދެއްކުންތެރިކަމާއި ބައިސާ ކެނޑުމުގައިވެސް ހައްދެއް ނެތެވެ. އުނބަށް ޖެހުމުގައި ދެވަނައެއް ނެތް ހޮޅި ސަރުކާރުގެ ވާހަކަ ދައްކަނީ ދައްކަންވެގެންނެވެ.

    މުއިއްޒާއި އޭނާގެ ސަރުކާރުގެ ދެއުޅިއެއްނުވާ ސިޔާސަތުތަކާއި ނާގާބިލު ކަމުގެ ވާހަކަ ދެއްކުން ހުއްޓުވަން ހަންކެނޑުނަސް އެކަމެއް ނުވާނެއެވެ. އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވާހެން އެލް ސޯފާ މަނާކުރަން ނެރެނީ ގެގް އޯޑަރެވެ. ޑޮލަރު ރޭޓު މަތިވާ ވާހަކަ އޮއްބާލަން ގާނޫނެވެ. އޭގެ ކުރިން ނޫސްވެރިންގެ އަނގަ ބަންދުކުރަން ކޮންޓްރޯލް ކޮމިޝަނެވެ.

    ކުރާނެހާ ގޮތަކަށް ކަންކަން ކުރީމާ މީހުން އެ ވާހަކަ ދައްކާނެއެވެ. އަގުބޮޑިއްޔާ އަގުބޮޑު ވާހަކަ ދައްކާނެއެވެ. ނުލިބެންޏާ ނުލިބޭ ވާހަކަވެސް ދައްކާނެއެވެ. ކަންޏާ ކާވާހަކަވެސް ދައްކާނެއެވެ. ކޯޓު އަމުރާއި ގާނޫނުން އަނގައިގާ ތަޅެއް ނޭޅުވޭނެއެވެ. ފުލުފުލުގައި ގާނޫނު ހަދައިގެންނާއި ކޯޓުއަމުރުން މަނާ ކުރެވޭނީ ވަކިވަރަކަށެވެ. އެހެން ކޮންމެ ކަމެއް މަނާކޮށްގެން އުޅެނިކޮށް ފެންނާނީ މަނާތައް މަންތިރި ވާތަނެވެ. 

    ޑިމާންޑާއި އެއްވަރަށް ސަޕްލައިކޮށް ނުދެވޭ ކޮންމެ އެއްޗެއްގެ ކަޅުބާޒާރެއް ނެތި ނުދާނެކަން ނޭނގޭ ވަރަށް ވެރިން ގަމާރުވީމާ ހައްތަހާ އެޅޭނީ ޅަ އިހަލުންނެވެ. އެންމެ އާދައިގެ މީހާއަށްވެސް ފަހުމް ވާވަރަށް ކަންކަން ފެނުއެޅުނީމާ ފޮރުވޭނެ އެއްޗެއް ނުއޮންނާނެއެވެ. ފޮރުވަން އުޅޭޥަރަކަށޤ ވާނީ ބަރަހަނާއެވެ.

    ފައްޔާޒު އިސްމާއީލް ވިދާޅުވާހެން ޑޮލަރު ތާށިވީ ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުންނެވެ. ކުރިމަތީ ފެންނަން އޮންނަ ކަންކަމުގެ ވާހަކަތައް ދިވެހިން ދައްކާނެއެވެ. ނޫސްތަކުން ލިޔާނެއެވެ. ހަގީގަތުގައިވެސް ފައްޔާޒު އެ ވިދާޅުވަނީ ވަރަށް ބޮޑު ތެދެކެވެ. މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަބަދުވެސް މުއިއްޒު ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ އަނގަ ބަންދުކުރާށެވެ. އަޑު ކަނޑުވާލާށެވެ. 

    މުއިއްޒަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭން ވެރިކަން ހޯދި މީހެއް ނޫނެވެ. ގައުމަށް ހެޔޮއެދޭވެރިއަކު ނުކުރާނެ ހުރިހާ ކަމެއް މުއިއްޒު ދަނީ ކުރަމުންނެވެ. ރައްޔިތަކަށް ހާލަތަކަށް މުސްތަގުބަލަކަށް ބަލާލުމެއްނެތެވެ. ހިތުހުރިކަމެއް ހިތުހުރިގޮތަކަށް ކުރަމުން ދަނީ ގައުމު ބަނގުރޫޓް ވިޔަސް ހެޔޮކަމަށެވެ. ގާނޫނު އަސާސީއާއި ހިލާފު ގާނޫނުތައް ހަދާ ރައްޔިތުންގެ އަޑުކަނޑުވާލައިގެން މުއިއްޒު އުޅެނީ މުސްތަގުބަލަށް ދާންދެން ފެލައިލާ ދަވާލައިގެން ފިލާރައްކާވުމަށެވެ.

    ]]>
    Thu, 20 Aug 2026 10:40:59 +0500 މުއާޒު
    މިނިސްޓަރ ޒަރީރު ވެސް ކަންބޮޑުވަނީ ރަށެއްގެ ރައްޔިތަކަށް އެއްޗެއް ލިބޭތީ https://heerasnews.com/4519 https://heerasnews.com/4519 މީހުނަށް ވަޒީފާ ދިނުމާއި ވަޒީފާއަށް މީހުން ހޯދުމަކީ ވަރަށް ތަފާތު ދެކަމެކެވެ. ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް އެކުންފުންޏެއްގެ ސައިޒްގައި މުއައްޒަފުން ބޭނުންވާނެއެވެ. އެކަމަކު އެއްޔަކީ ސިޔާސީ ގޮތުން ތާއީދު ހޯދާ ވޯޓް ހޯދަން ކުރަން ހެޔޮވާވަރު ކަމެއްނޫނެވެ. 

    ކުރީ ސަރުކާރުން ފެނަކައަށް 18ހާސް މީހުން ވެއްދި ވާހަކަ ދައްކާއިރު އެހެން އެކަން ދިމާވާން ޖެހުނު ސަބަބުތައް ބައެއް މީހުން ހަނދާނެއް ނެތެވެ. ހަނދާން ހުއްޓަސް އެކަން ފާހަގަކޮށް ދައްކާކަށް އެމީހުން ބޭނުމެއް ނުވެއެވެ. އަހަރުތަކެއް ވަންދެން ޓެކުހުގެ ނަމުގައި ޓެކެން އުޅުނު މީހާއަށް މާބަނޑޭރިކަން ލިބުނީމާ ކުރީ ސަރުކާރުން ފެނަކައަށް 1800 މީހުން ނެގިއޭ ކިޔަން ފެށީމާ އަންނަނީ ހިނންޏެވެ.

    ރައީސް ސޯލިހު ވެރިކަމުގައި ފެނަކައަށް ގިނަ މުއައްޒަފުން ވައްދަންޖެހުނެވެ. 20 ތިރީސް އަހަރު ރަށްރަށުގައި ހުރި ގެދަބުޅި ބަދިގެ އިންޖީނުގެތައް މަތިން މިހާރު ހަނދާނެއް ނުހުންނާނެއެވެ. 24 ގަޑިއިރު ދެ ތިން މީހަކު ބައިތިއްބައިގެން އެއްވެސް އުސޫލެއްނެތި ފޯރިމެރިކަމާއި މަކުނުވާ ކަރަންޓް ނެޓްވޯކުގެ ހަނދާނެއްވެސް ނުހުންނާނެއެވެ. ރަށްރަށުގެ ރައްޔިތުންނަށް ކަރަންޓްގެ ފޮނިމީރުކަން ހޯދާދެއްވުމަށް ރައީސް ސޯލިހު ކުރެއްވި ކާމިޔާބު ގިނަ މަސައްކަތްޕުޅުން ރަށްރަށުގެ އިންޖީނުގެތައް އަޕްގްރޭޑްވިއެވެ.

    ގިނަ ރަށްތަކެއްގައި ފެނާނަރުދަމާ ގާއިމުކޮށް އެ ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާ މުއައްޒަފުން ކޮންމެ ރަށަކުން ހޯދާ ފެނަކައިގެ ދަށުގައި ބޭއްތިއްބުމަކީ ގޯހަކަށް ވާގޮތެއް ނޭގެއެވެ. ސަރުކާރުގެ ދަރަނި ބޮޑުވަމުން ދާތީ އަމިއްލަ ޕާޓީތަކަށް މަސައްކަތްނުދީ އިންހައުސް ކޮށް ބައެއް އިންޖީނުގެތަކާއި ފެނާ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް މުއައްޒަފުންގެ ގޮތުގައި ބަޔަކު ހޯދައިގެން އެމީހުން ލައްވާ މަސައްކަތް ކުރުވައިގެން  ކަރަންޓާޢި ފެނާއި ނަރުދަމާ ގާއިމުކޮށް އަސާސީ ހިދުމަތްތައް ގާއިމުކުރުން އަވަސްކުރަން އުޅުން ގޯހަކަށްވީ ރައްޔިތުންގެ އިތުބާރު ރައީސް ސޯލިހަށް ލިބުމެވެ.

    ކޮންމެ ރަށަކާއި އެކަށީގެންވާ ފެންވަރުގައި ކަރަންޓާއި ފެނާއި ނަރުދަމާ ހިދުމަތް ދިނުމަށް ކޮންމެހެން ބޭނުންވާ އަދަދަށް ރާއްޖޭގެ ކޮންމެ ރަށަކަށް މުއައްޒަފުން ތިއްބާ ސިޔާސީ ބޭނުމުގައި ހަތަރު ފަސްހާސް މީހުނަށް ގަސްދު ވަޒީފާ ދިނީ ރައީސް މުއިއްޒެވެ. ކުރިން ތިބިގޮތަށް ކޮންމެރަށެއްގައި މުއައްޒަފުން ބައިތިއްބައުގެން އުޅޭނަމަ މީހުންތައް ބާކީވެގެން ކަނޑާކަށް ނުޖެހޭނެއެވެ. އަނެއްކޮޅުން ރަށްރަށުގެ ފެނަކައިގައި މުއައްޒަފުން ގިނަވެގެން އެކަން ގޯހެއްކަމަށް ދެކިގެން ވާހަކަ ދައްކާ މީހުން އެތައް ހާސް ސިޔާސީ މީހުނަށް ކަމެއް ނުކުރުވާ މުސާރައާއި އިނާޔަތް ދިނުން ގޯހަކަށް ނުވެއެވެ. ހައްތަހާވެސް ކަންބޮޑުވަނީ ރަށެއްގެ ރައްޔިތަކަށް އެއްޗެއް ލިބޭތީއެވެ. 

    ]]>
    Wed, 19 Aug 2026 16:15:00 +0500 މުއާޒު
    ރައްޔިތުންގެ ބައްދަލުވުމުގެ ހަރަދާ ގުޅުވާ ފަތުރަނީ ދޮގު ހަބަރު: މޭޔަރ އާޒިމް https://heerasnews.com/4518 https://heerasnews.com/4518 ބައެއް އޮންލައިން ނޫސްތަކާއި ސޯޝަލް މީޑިއާގައި ރައްޔިތުންގެ ބައްދަލުވުމުގެ ހަރަދުތަކާ ގުޅުވައިގެން ހަގީގަތާ ހިލާފަށް ފަތުރަމުންދާ ހަބަރުތަކަކީ ކަނޑައެޅިގެން ދޮގެއްކަމަށް މާލެސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. 

    މޭޔަރ އާޒިމް އެކްސްގައި  މިއަދު ކުރެއްވި ޕޯސްޓްގައި އެކަމުގެ ހަގީގަތް ހާމަ ކުރައްވަމުމުން ވިދށޅުވީ 2023 ގައި ރައްޔިތުންގެ ބައްދަލުވުމަށް 2،050،520.00ރ ހަރަދު ކޮށްފައިވާ ކަމަށެވެ. އެއީ ޑރ. މުހައްދު މުއިއްޒު ގެ މޭޔަރު ކަމުގެ ދުވަސް ވަރެވެ. 

    އާޒިމްގެ މޭޔަރުކަމުގައި ހަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު މިހާރު އެ ހަރަދު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައިކަމަށް އާޒިމް ވިދާޅުވެއެވެ.ިކ އެގޮތުން 2026 ގެ ފެބުރުއަރީ ބައްދަލުވުމަށް 567,839.34ރ އަދި ޖުލައި ބައްދަލުވުމަށް ހަރަދުވީ 585,137.34ރ. ކަމުން މި ދެ ބައްދަލުވުމުގެ ހަރަދުވެސް ވަނީ ކުރިއަށްވުރެ ކުޑަކުރެވިފައެވެ.

    ނަމަވެސް ބައެއް ނޫސްތަކުން ޒިންމާދާރުކަމެއް ނެތި ސުރުހީ އަޅާފައިވަނީ މުޅި އަހަރުގެ ޚަރަދު އެއީ އެންމެ ބައްދަލުވުމެއްގެ ހަރަދުކަމަށް ދޭހަވާ ގޮތަށް.ކަމަށް އާޒިމް ވިދާޅުވިއެވެ.

    ވީމާ، މިފަދަ ހަގީގަތެއް ނެތް ދޮގު މަޢުލޫމާތު ނުފެތުރުމަށާއި، ހަބަރު ފެތުރުމުގައި ޒިންމާދާރުވެ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް މާލޭ މޭޔަރ އިލްތިމާސްކުރައްވައެވެ.

    ]]>
    Tue, 18 Aug 2026 11:39:37 +0500 މުއާޒު
    ޓްރަމްޕް ގެ މައްޗަށް ސާބިތުވި ޖިންސީ ގޯނާކުރުމުގެ ހުކުމް ބާތިލެއް ނުކުރި https://heerasnews.com/4517 https://heerasnews.com/4517 އީ. ޖީން ކެރޯލްއަށް ޖިންސީ ގޯނާކުރި މައްސަލައިގައި އިއްވާފައިވާ ހުކުމް ބާތިލްކުރުމަށް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން އެމެރިކާގެ ސުޕްރީމް ކޯޓުން ދެވަނަ ފަހަރަށް ބޭރުކޮށްލައިފިއެވެ.

    ލިޔުންތެރިޔާ އީ. ޖީން ކެރޯލްއަށް ޖިންސީ ގޯނާކޮށް، އޭނާގެ އަބުރަށް އަރައިގަތްކަމަށް ކަނޑައަޅައި މަދަނީ ކޯޓަކުން އިއްވާފައިވާ ހުކުމް މުރާޖައާކުރުމަށް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުން ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ. މީގެ ކުރިން ޖޫން މަހުވެސް އެ ކޯޓުން ވަނީ މިފަދަ ހުށަހެޅުމެއް ބޭރުކޮށްލާފައެވެ.

    ޓްރަމްޕް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރައްވާފައެވެ. އަދި މި މައްސަލަ ބެއްލެވި ފަނޑިޔާރު، ޖޫރީންގެ ނިންމުމަށް ނުފޫޒު ފޯރާފަދަ ހެކިތަކެއް ހުށަހެޅުމަށް ފުރުސަތު ދެއްވާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

    1990 ގެ އަހަރުތަކުގެ ތެރޭގައި ޓްރަމްޕް އޭނާއަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ކެރޯލް ހުށަހެޅި މައްސަލައިގައި، ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޓްރަމްޕް ވަނީ މިދިޔަ ޖުލައި މަހު ދައްކަވާފައެވެ. ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި މި ހާދިސާއަކީ ހަގީގަތާ ހިލާފު ދޮގު ވާހަކައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

    ކޯޓުގެ މި ނިންމުމާ ގުޅިގެން ކެރޯލް ވަނީ އޭނާގެ ގާނޫނީ ޓީމަށާއި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެކަނި ހުރި އުމުރުން ދުވަސްވީ އަންހެނަކަށް ބޮޑު ބަދަލެއް ނުގެނެވުނު ނަމަވެސް، ގާބިލް ގާނޫނީ ވަކީލުންނާއި ދުނިޔޭގެ އެކި ކޮޅުތަކުގައި ތިބި އަންހެނުންގެ އެހީތެރިކަމާއެކު ނުވާނެ ކަމަށް ހީކުރި ކަންކަން ހާސިލްކުރެވިއްޖެ ކަމަށެވެ.

    ކެރޯލްގެ ވަކީލު ރޮބާޓާ ކަޕްލާން ވިދާޅުވި ގޮތުގައި، ޓްރަމްޕް ޖިންސީ ގޯނާކޮށް އަބުރަށް އަރައިގަތް ކަމަށް ނިންމި ނިންމުމަކީ މިހާރު ނިހާއީ ނިންމުމެކެވެ. އަދި އެއްވެސް ކޯޓެއްގައި އެ ނިންމުން ދެން އިސްތިއުނާފު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

    ސުޕްރީމް ކޯޓުން މި މައްސަލަ އަލުން ބަލަން ދެކޮޅު ހެދި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ގާނޫނީ މާހިރުން ދެކޭ ގޮތުގައި، ކޯޓުން ކުރިން ނިންމާފައިވާ ނިންމުމެއް މުރާޖައާކޮށްދިނުމަށް ޓްރަމްޕް އެދިވަޑައިގަތުމަކީ އާންމުކޮށް ކޯޓުން ބަލައިގަންނަ ކަމެއް ނޫނެވެ.

    މިހާރު އުމުރުން 82 އަހަރުގެ ކެރޯލް، ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރީ 1990 ގެ މެދުތެރޭގައި މެންހަޓަންގެ ފިހާރައެއްގެ ތެރޭގައި އޭނާއަށް ޖިންސީ ގޯނާކުރި މައްސަލައިގައެވެ. އަދި 2022 ވަނަ އަހަރު ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ގައި ކެރޯލްއަކީ އޭނާ ގަޔާވާ ކަހަލަ މީހެއް ނޫން ކަމަށް ބުނެ ކުރި ޕޯސްޓަކާ ގުޅިގެން އަބުރުގެ ދައުވާ އުފެދުނެވެ.

    ކޯޓުގެ ފަހުގެ ނިންމުމާ ގުޅިގެން ޓްރަމްޕް އަދި ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ޖޫން މަހުގެ ނިންމުމަށްފަހު އޭނާ ވަނީ މިއީ ސިޔާސީ މަގުސަދެއްގައި ކުރިއަށްގެންދާ "ހަނގުރާމައެއް" ކަމަށް ސިފަކުރައްވާފައެވެ.

    ސުޕްރީމް ކޯޓަށް ހުށަހެޅި އިލްތިމާސްގައި ޓްރަމްޕްގެ ވަކީލުން ބުނެފައިވަނީ، 2005 ވަނަ އަހަރުގެ "އެކްސެސް ހޮލީވުޑް" ވީޑިއޯ ޖޫރީންނަށް ދެއްކުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށެވެ.

    މީގެ އިތުރުން، އަބުރަށް އަރައިގަތުމުގެ އެހެން މައްސަލައެއްގައި ކެރޯލްއަށް 83.3 މިލިއަން ޑޮލަރު ދެއްކުމަށް އިއްވާފައިވާ ހުކުމް ބާތިލްކުރުމަށްވެސް ޓްރަމްޕް ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައެވެ. ޓްރަމްޕްގެ ވަކީލުންގެ ދަލީލަކީ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި ކޮމެންޓްތަކަކަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

    ]]>
    Tue, 18 Aug 2026 03:21:43 +0500 މުއާޒު
    ޖީބުނުކަނޑާ ހިންގަން ނޭނގެންޏާ އިސްތިއުފާދީ https://heerasnews.com/4514 https://heerasnews.com/4514 ތެދެކެވެ. ގެރިއެއްގެ ކިރު ފެލާ ގޮތަށް ފަތުރުވެރިކަން ފެލަމުން ފެލަމުން ގޮސް ދެން ނުކުންނާނީ ލެއެވެ. ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އައްބާސް ވިދާޅުވާހެން ސަރުކާރުތަކުން އެއްވެސް އިންޑަސްޓްރީއެއް ފުޅާކޮށް ނަފާހޯދާކަށް ނޫޅެއެވެ.

    އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމަށް ނިންމުމަކީ ބިރުހުރި ކަމެކެވެ. ގާނޫނު ހަދައިގެން ޖީބުކަނޑައިގެން ނޫނީ ދައުލަތް ހިންގަން ފައިސާ ހޯދަން ނޭނގުމަކީ ނާގާބިލުކަން ނޫން ދެވަނަ ކަމެއްނޫނެވެ.

    މި ދާވަރުން ދަންޏާ އާއިލާއެއްގައި ވަކި އަދަކަށްވުރެ ގިނައިން ނުވަތަ މަދުން ދަރިން ތިބެގެން ބޮލަށް ލާރި ނަގަންވެސް ފަށާފާނެއެވެ. ނަމާދުކުރަން މިސްކިތްތައް ބޭނުން ކުރާ މީހުންގެ އަތުން ސަރވިސް ޗާޖުވެސް ނަގާނެއެވެ. 

    ރަޖިސްޓްރީ ނޫސް މަޖައްލާތައް ފަސްއަހަރުން ފަސް އަހަރުން ރަޖިސްޓްރީކޮށް ފީނަގަން ޖެއްސިހެން ހުރިހާ ކައިވެނިތައް އަހަރަކުން އަހަރަކުން އަލުން ރަޖިސްޓްރީކޮށް ފައިސާ ދައްކަންވެސް ނުޖެހިއެއް ނުދާނެއެވެ.

    ރާއްޖޭގެ ވެއްޓަށް ނޭވާލާ ކޮންމެ މީހަކު ވެސް ލާ ކޮންމެ ނޭވާއަކަށް ޓެކްސް ނުދައްކައެއް ނުވާނެއެވެ. ސަރުކާރުން ކޮށްދޭ ކަމެއް ނެތި ފުލުފުލުގައި ގާނޫނު ފާސްކޮށްގެން ޖީބުކަނޑަން ދިމާކުރުމަކީ ސަރުކާރުން ހިންގާ ބައެއް ފޭލިވުމެވެ. ނުބައި ނުލަފާކަމެ. ހިންގަން ނޭނގުމެވެ. 

    ]]>
    Sun, 16 Aug 2026 21:58:21 +0500 މުއާޒު
    ޖަޕާނުގައި ސްްރީލަންކާގެ ދަރިވަރަކު، ރަހުމަތްތެރިޔާ މަރާލައިފި https://heerasnews.com/4512 https://heerasnews.com/4512 ޖަޕާނުގައި ކިޔަވަން އުޅުނު ސްްރީލަންކާގެ ދަރިވަރަކު، އޭނާގެ ރަހުމަތްތެރިއެއްގެ ގަޔަށް ވަޅިޖަހައި މަރާލައިފިއެވެ. ޖަޕާނުގެ ޗިބާ ޕްރިފެކްޗާގެ ނަގަރެޔާމާ ސިޓީގައި، 21 އަހަރުގެ ސްރީލަންކާ ފިރިހެނަކަށް ވަޅިން ހަމަލާދީ މަރާލި ކަމުގެ ތުހުމަތުގައި، ސްރީލަންކާއަށް ނިސްބަތްވާ 18 އަހަރުގެ ދަރިވަރަކު ފުލުހުން ވަނީ ހައްޔަރުކޮށްފިއެވެ.

    ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެމީހުންނަކީ ވެސް ޖަޕާނުގައި ކިޔަވަން އުޅޭ ބައިނަލްއަގުވާމީ ދަރިވަރުންނެވެ. އަދި މި ދެމީހުން ދިރިއުޅެމުން ދިޔައީ އެއް ތަނެއްގައެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 10:20 އެހައިކަންހާއިރު، މި ދެމީހުން ދިރިއުޅޭ ގޭގައެވެ. ތުހުމަތު ކުރެވޭ ފަރާތުން ވަނީ ހަމަލާދީ، އަނިޔާ ލިބުނު މީހާގެ ބަނޑަށް ވަޅި ހަރާފައެވެ.

    ހާދިސާއަށްފަހު، ތުހުމަތު ކުރެވޭ ފަރާތުން އަމިއްލައަށް ކަމާބެހޭ ފަރާތްތަކަށް (119 އަށް) ގުޅައި އެކަން ރިޕޯޓުކުރިއެވެ. އަނިޔާ ލިބުނު މީހާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފައެވެ. ފުލުހުން އެ ސަރަހައްދުގައި ހުރި 18 އަހަރުގެ ދަރިވަރާ ސުވާލުކުރުމުން، އޭނާ ވަނީ އޭނާގެ ރަހުމަތްތެރިޔާގެ ގަޔަށް ވަޅި ހެރި ކަމަށް އިއުތިރާފުވެފައެވެ.

    ފުލުހުން ބުނި ގޮތުގައި މި ދެމީހުންނަކީ ކުރިންވެސް އެކަކު އަނެކަކު ރަނގަޅަށް ދަންނަ ދެމީހުންނެވެ. ހައްޔަރުކުރެވުނު ދަރިވަރު ބުނި ގޮތުގައި، އޭނާ ކޮންޓްރޯލުން ނެއްޓި ހަމަލާދޭން މެދުވެރިވީ، އޭނާއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަދައްކައި، މަންމައަށް ފުރައްސާރަކޮށް، އަދި އޭނާގެ ގައިގައި ޖެހުމުގެ ސަބަބުންނެވެ.

    ]]>
    Fri, 14 Aug 2026 17:30:53 +0500 މުއާޒު
    ގައުމު އަޅުވެތިކުރުމުގައި މުއިއްޒެކޭ ބޭރުބައެކޭ ތަފާތެއްނެތް https://heerasnews.com/4511 https://heerasnews.com/4511 ހަމައެކަނި ޕޯޗުގީޒުންނާއި ހޮޅިންގެ ވާހަކަ ދައްކައިގެން މިހާރަކު ފަރުޖެއްސޭކަށް ނެތެވެ. އަޅުވެތި ކަމަކީ ބޭރުން ބަޔަކު އައިސް އިސްތިއުމާރުކުރާ ކުރުން އެކަންޏެއް ނޫނެވެ. ރައްޔިތުންގެތެރެއިން ރައްޔިތުންނަށްޓަކާ ރައްޔިތުން އިންތިހާބުކުރާ މީހެއްގެ މުށުތެރޭގައި ގައުމު އަޅުވެތިވުމުގެ ނުރައްކާ މާބޮޑެވެ.

    ބޭރުގެ ބާރަކުން ގައުމެއް އަޅުވެތިކޮށްގެން އުޅޭނަމަ އެފަދަ އެހެން ބާރަކުން އެގައުމެއް މިނިވަންކޮށްދިނުމަށް މަސައްކަތްކޮށްދެއެވެ. އިރާގުން ކުވޭތަށް އަރައެއް ނުތިބެވުނެވެ. އަފްގާނިސްތާނުގައި އެމެރިކާއަކަށްވެސް ނޯވެވުނެވެ. އިޒްރޭލަށް ފަލަސްތީނުގައިވެސް ލާހިއްޕައެއް ނުލެވެއެވެ. ރަޝިޔާއަށް ޔުކްރޭން ހިފޭގޮތެއް ނުވެއެވެ. މިނިވަން ގައުމެއްގެ ސިޔާދަތަށް ބޭރުގެ ބާރަކުން އަރައިގަނެ އަޅުވެތިކުރުމަކީ މިހާރަކު ފަސޭހަކަމެއް ނޫނެވެ. އެމެރިކާއާއި ރަޝިޔާ ފަދަ އާރާބާރު ހުރި ގައުމުތަކަށް ވެސް މިޒަމާނުގައި ގައުމެއް އަޅުވެތި ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. 

    އެހެނެއް ކަމަކު ރައްޔިތުންގެ ތެރެއިން ރައްޔިތުންނަށްޓަކާ ރައްޔިތުން ހޮވާ ވެރިން އެ މީހުންގެ ގައުމުތައް އަޅުވެތިކޮށް މިނިވަންކަން ނަގާލުމަކީ ދުނިޔެ މިހާރުވެސް ތަޖުރިބާ ކުރަމުންދާ ކަންކަމެވެ. ދުނިޔޭގެ މަޝްހޫރު ޑިކްޓޭޓަރުން އެ މީހުންގެ ރައްޔިތުން ގެންގުޅުނީ އަޅުންގެ ގޮތުގައެވެ. ގާނޫނު ނިވައިފަތް ގަނޑަކަށް ހަދައިގެން މުޅި ގައުމު އެ މީހުން ފުޅިއްސާލީ ގައުމިއްޔަތާއި ދީނާއި ސިޔާދަތާއި ހުއްރިއްޔަތާއި ވަތަނިއްޔަތު ކޮނޑުޖަހާލައިގެންނެވެ. 

    ޑިކްޓޭޓަރުން ވެރިކަން ހޯދަނީ އަތްގުޅިނުކާ އެތައް ސަތޭކަ ވައުދެއްވެ ރައްޔިތުން ޅޮސްއުނދޯއްޔަށް ލައިގެން ހޯދާ ވޯޓުންނެވެ. ވެރިކަން ލިބުމާއެކު ދިމާކުރަނީ ވައުދުތައް ފުއްދުމުމަށް ބޭނުންވާ ގާނޫނުތައް ހެދުމުގެ ނަމުގައި ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލު ހޯދުމަށެވެ. ރިޝްވަތާއި މަގާމުގެ ނުފޫޒުގައި ގާނޫނު ހަދާ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އަތަށް ނަގައެވެ. ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް ލިބުމާއެކު އޭނާގެ ބާރު މުޅި ގައުމުގެ މައްޗަށް ފަތުރާލަނީ ގާނޫނުތައް ގަޔަށް ހެޔޮވަރަށް ކޮށާމަށައިގެންނެވެ.

    ގާނޫނު ހަދާ މަޖިލީހަކީ ވެރިޔާގެ ގޮނޑިކޮއްކޮއަކަށް ވުމާއެކު ގާނޫނުގެ ނިވަލުގައި މުޅި ޝަރުއީނިޒާމާއި މާލީ ނިޒާމް ވެރިޔާގެ ފައިކޭޓަށް ވަދެގެން ދެއެވެ. ފާރަވެރި މުއައްސަސާތަކަކީ ގާނޫނުގެ ތެރެއިން ވެރިކަން ދަމަހައްޓަން ވެރިޔާ ގިރިޓީ ކޮށްދޭ ބަޔަކަށް ބަދަލުކޮށްލައެވެ. އާހިރުގައި މުޅި ދުސްތޫރަކީ ވެރިމީހާއަށް ބަދަލުވެ މުޅި ގައުމަކީ ވެސް ވެރިމީހާކަމަށް ހަދައެވެ. ގައުމިއްޔަތާއި ސިޔާދަތާއި ދީން އަންގާ ގޮތަކީވެސް ވެރިމީހާ ގަބޫލުކުރާ ގޮތްކަމަށް ހަދައެވެ. 

    ޑިކްޓޭޓަރުން އޭނާގެ ގައުމާއި ރައްޔިތުން އަޅުވެތިކުރުމަށް ގެންގުޅޭ ހަތިޔާރަކީ ގައުމިއްޔަތާއި ދީނާއި ގައުމުގެ ހަޒާނާއެވެ. ހުރިހާ ޑިކްޓޭޓަރުންވެސް އިހުގެ ބަތޮލުންގެ ޖިހާދުގެ ވާހަކައާއި މިނިވަންކަން ދިފާއުކުރުމުގެ ވާހަކަ ބާރުބާރަށް ދައްކަމުން މުޅިގައުމާއި ރައްޔިތުން އަޅުވެތިކޮށް މިނިވަންކަން ކަފުންކޮށް ވަޅުލައެވެ. 

    ދިވެހި ރައްޔިތުންނަށްޓަކާ، ދިވެހި ރައްޔިތުންގެ ތެރެއިން، ދިވެހި ރައްޔިތުން މިހާރު އިންތިހާބުކޮށް ވެރިކަން ދީފައިވާ ޑރ. މުހައްމަދު މުއިއްޒުގެ އުޅުމާ ގުޅުންތައް ހުރިގޮތުން އޭނާއަކީ ރޮބަޓް މުގާބޭ ފަދަ ޑިކްޓޭޓަރެއް ކަމުގައި ނުބުނެވޭ ވަރެއް ނޫނެވެ. މުއިއްޒުގެ އަޅުވެތިކަމެކޭ ބޭރުބައެއްގެ އަޅުވެތިކަމެކޭ ރައްޔިތުންނަށް ތަފާތެއް ނެތެވެ.   

    ]]>
    Fri, 14 Aug 2026 10:56:08 +0500 މުއާޒު
    ޓިކްޓޮކް ސައީދަށް: އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ޑޮލަރ އަރަނީ މައްޗަށް https://heerasnews.com/4510 https://heerasnews.com/4510 އެމްޑީޕީ ބާއްވާ މުޒާހަރާއަށް މީހުން އެއްވިޔަސް ނުވިޔަސް ފަތުއަޑު ކިޔާފާ ޑޮލަރުގެ އަގު މައްޗަށް ނާރާ ކަމަކަށް ނުވާނެއެވެ. މިނިސްޓަރ ސައީދު އުޑުގައި ޖެހި ބިމުގައި ޖެހުނަސް އެމްޑީޕީގެ ވެރިކަން 2023 ގައި ނިމުނު ދުވަހު ހުރި އަގަށްވުރެ އެންމެ ލާރިއެއްވެސް މުއިއްޒު ވެރިކަމުގައި މިވީހާ ދުވަހުން އެންމެ ދުވަހެއްގައި ވެސް ތިރިވެފައެއް ނުވެއެވެ. އެހެނެއް ކަމަކު އެއް ދުވަހުން އަނެއް ދުވަހަށް އަގު އުފުލެމުން އުފުލެމުންގޮސް މިއަދު އެހުރީ ޑޮލަރެއްގެ އަގު 22.45 ގައެވެ. 

    އާނއެކެވެ. ސައީދަށް ދަތިނުވިޔަސް ހަގީގަތުގައިވެސް ރައްޔިތުންނަށް ވަރަށް ދަތިވެއްޖެއެވެ. ދަތިކަމުގެ ކޮޅެއްނެތެވެ. މުޒާހަރާކުރުން މާލަސްވެއްޖެއެވެ. ބަޔަކު މުޒާހަރާ ކުރަން އުޅޭތީ މޭ ބޮޑުވެގެން ގައިމު ތިޔަ އުޅެނީ ކަމެއް ވެގެންތާއެވެ.

    ވަޒީރު ސައީދޫއެވެ. މީސް މީޑީއާގައި އެކި ރާގު ރާގަށް ބޭންކް ރޭޓުގައި ޑޮލަރު އެކިކަންކަމަށް ދޫކުރި އަދަދުތައް 2021 އާއި މިހާރާ އަޅުވާކިޔަސް ހަގީގަތް ބަދަލެއް ނުވާނެއެވެ. ސައީދު އަޅާ ކިޔާ 2021 ވަނަ އަހަރަކީ މުޅި ދުނިޔެއާއި ރާއްޖެ ކޮން ހާލަތެއްގައި އޮތް އަހަރެއް ހެއްޔެވެ. މުޅި ދުނިޔޭގެ ބޯޑަރުތައް ބަންދުވެ އިގްތިސޯދީ ހަރަކާތައް ހުއްޓި ހަމައެކަނި ދިރި ތިބުމަށް ނޫނީ އެއްވެސް ކަމެއް ދުނިޔޭގައި ނުކުރެވުނު އަހަރަކާ އަޅާކިޔަން ލަދު ނުގަންނަކަމެވެ. 

    ބަލަގަ ސައީދޫއެވެ. ޓޫރިސްޓުން އައުން ހުއްޓި ބޯޑަރު ބަންދުވެ އާމްދަނީ ހުއްޓިފައިވާ 2021 ވަނަ އަހަރު ތިޔަބުނާ މިންވަރަށް ބޭންކް ރޭޓްގައި ރާއްޖޭން ޑޮލަރުގެ މުއާމަލާތު ހިންގުނު ކަމަށްޓަކާވެސް ޝުކުރުކޮށް ބަލާށެވެ. އިންތިހާ ދަރަޖައިގެ ދަތި އެހާލަތުގައިވެސް ކަޅުބާޒާރުން ބޮޑުވެގެން 19 ވަރަކަށް ރުފިޔާއަށް ޑޮލަރެއް ލިބެން ހުއްޓެވެ. 

    މުއިއްޒުގެ ވެރިކަމުގައި ހޭދަވާ މިދުވަސްތަކަކީ ރާއްޖޭގެ ހަޔާތުގައިވެސް އެންމެ ގިނައިން ބޭރު ފައިސާ ލިބުނު ދުވަސްވަރެވެ. 2021 އަށްވުރެ އެތައް ގުނައެއް އިތުރަށް ބޭންކް ރޭޓްގައި ޑޮލަރ ދޫކުރެވިގެން މޭ ފުއްޕާފައި އެވާހަކަ ދައްކާއިރު ޑިމާންޑާއި އެއް ވަރަށް ޑޮލަރު ލިބޭނަމަ ޑޮލަރުގެ ކަޅުބާޒާރެއް ނުއޮންނާނެކަން ކަނޑުކޮހަކަށްވެސް އެނގޭނެއެވެ. 

    ސައީދު ތިޔަ ދައްކާ ހަމައާއި އެއްގޮތަށް ޑޮލަރުގެ ހާލަތު އޮތްނަމަ އެއްދުވަހުން އަނެއް ދުވަހަށް ޑޮލަރުގެ އަގު އުފުލެމުންނެއް ނުދާނެއެވެ. ފަހަރެއްގައި ބްލެކް މާކެޓެއް އޮތަސް ބޭންކް ރޭޓަށްވުރެ ރުފިޔާއެއް ދެރުފިޔާއެއް ބޮޑު ބްލެކްމާކެޓެއް ވަކިދުވަސް ވަރަކަށް އުފެދިދާނެއެވެ، ހައްޖުމޫސުމާއި ސްކޫލް ޗުއްޓީ ފެށޭދުވަސްކޮޅާ ދިމާކޮށް ބްލެކް މާކެޓް އުފެދިދާނެއެވެ. އެކަމަކު ވެރިކަމެއް ފެށިގެން ދައުރެއް ނިމެންދާއިރުވެސް ހުއްޓުމެއްނެތި މައްޗަށް އަރަމުންދާ ބްލެކް މާކެޓެއް އޮތުމަކީ އެ ވެރިކަމެއްގެ ނާގާބިލު ކަމެވެ. މެނޭޖުކުރަން ނޭނގުމެވެ. ފޭލިވުމެވެ. 

    ރަންކޮޅާ ސައީދޫއެވެ. ޑޮލަރުގެ އަގު ތިރިވެ މަތިވަނީ ނޫސްތަކުގައި ޖަހާ ސުރުހީއަކުން ވަޒީރުންކުޅޭ ޓިކްޓޮކަކުންނޫނެވެ. އަދާކުރަންޖެހޭ ބޮޑެތި ދަރަނިތައް ހުއްޓާ އެޔެއް މިޔެއް ނުބަލާ ލިބުނުހާ ޑޮލަރެއް ތަޅާބުރުވާ އިސްރާފް ކުރިކަމަށް އެއްބަސްވެ ބަލާށެވެ. އެގޮތަށް ލިބޭހާ ޑޮލަރެއް ތަޅާބުރުވާ އިސްރާފް ކުރަމުން ރިސޯޓްތަކަށް ޑޮލަރު މާރުކުރަން ޖެއްސީމާ ވީގޮތަކީ އަތުފަތުނޭޅި ޑޮލަރުގެ އަގުމައްޗަށް ދިޔުން ނޫންހެއްޔެވެ.

    ޓިކްޓޮކް ސައީދޫއެވެ. ޓިކްޓޮކް ކުޅެ ޓްވީޓްކޮށްގެން ޑޮލަރުގެ އަގު ތިރިވާނަމަ ތިޔަހެން ކަރުތާފެނުގައި ހުންނާކަށް ނުޖެހޭނެއެވެ. އެހެން އެކަންވާނަމަ މިހާރު ޑޮލަރުގެ އަގު ހުންނާނީ ތިރިވެފައެވެ. ހަގީގަތާ ކުރިމަތިލާށެވެ. ކުރީ ސަރުކާރޭ ކިޔުމަކީ ފަރުވާއެއް ނޫނެވެ. އޭރު އެހެން ހެދީމާ މިހާރު މިހެންވީއޭ ނުކިޔާށެވެ. ހަގީގީ މައްސަލަ ހައްލުކުރަން ނޭނގޭންޏާ ރަނގަޅުވާނީ އަވަހަށް އެއްފަރާތްވުމެވެ.    

    ]]>
    Thu, 13 Aug 2026 13:40:33 +0500 މުއާޒު
    އަތްލަންނުކެރޭ ތަންތާ އަތްލުވަން ހައްނާނު ވަރެއްނެތް https://heerasnews.com/4501 https://heerasnews.com/4501 ރައީސް މުއިއްޒު ހުދުމުހުތާރު ކުރުވުމަށް ގާނޫނީ ބާރު ހޯދާދޭ ގުރުބާން ކަންބަޅިއަކަށް ތުޅާދޫ ހަންނާނު ވާންޖެހޭ ސަބަބެއް އޮންނާނެއެވެ. ކޮންމެ ސަބަބަކާ ހެދިގެން ނަމަވެސް ގިނަ ބައެއްގެ ނުރުހުން އަމާޒުވާ ބިލްތައް މަޖިލީހަށް ހުށަހަޅަން ހަންނާނު ވަރު މީހަކު ހުންނަ ކަމަކަށް ނުވެއެވެ. ޕީއެންސީއަށް ނިސްބަތްވާ 80 އެތައް މެންބަރުންނެއް މަޖިލީހުގައި ތިބޭ އިރު އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ވަދެހުރި ހަންނާނު ނޫން މީހަކަށް އެޒާތުގެ ބިލެއް ހުށަހަޅަން އެނގޭ ކަމަކަށް ނުވެއެވެ. 

    ޖީ ސްކީލާނު ނަމުގައި އަދަދު ނޫހުން ހުށަހެޅި ދޮންއަމާ ޑޮކިއުމެންޓްރީ އާއި ޗެނަލް 13 އިން ގެނެސްދިން " ބެލްކަނި " ޑޮކިއުމެންޓްރީ އަކީ ކޮންޓްރޯލް ކޮމިޝަންގެ ގާނޫނު ހަދަން ޖެހުނު ސަބަބެވެ. ގާނޫނު އަސާސީ ކަށަވަރު ކޮށްދީފައިވާ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގަށްވުރެ މުއިއްޒާއި ނަމިރާ ނާޒިމާ ދެބެންގެ ހައްގު ބޮޑުވެ ކޮންޓްރޯލް ކޮމިޝަންގެ ގާނޫނު އުފަންކޮށް ނޫސްވެރިކަމުގައި ތަޅުއެޅުވާދިނުމަށް މެދުވެރިވީވެސް ތުޅާދޫ ހަންނާނެވެ. 

    މަޖިލިސް މެންބަރުންގެ ގޮނޑިގެއްލޭ އިސްލާހު ފުށުން ޖަހާލާފާނެ ކަމުގެ ބިރަށް ސްޕްރީމްކޯޓުން ފަނޑިޔާރުންތަކެއް ވަކިކޮށްލަން މުއިއްޒު ބޭނުންވިއެވެ. ފުރަތަމަ މުއިއްޒު ބޭނުންވީ ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލައިގެން ފަނޑިޔާރުންތަކެއް ބޭރުކޮށްލުމަށެވެ. އެ ދަނޑިވަޅުގައި މުއިއްޒު ބޭނުންވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާ ދިނީވެސް ތުޅާދޫ ދާއިރާގެ މެންބަރ ހަންނާނެވެ. 

    ކައުންސިލްތަކުގެ އިހުތިސޯސަށް އަރައިގަނެ ބިންތަކާއި ފަޅުތަކާއި ފަރުތައް ކައުންސިލުތަކުން ވަކިކުރަން މުއިއްޒު ބޭނުންވުމުން ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގައި އެ ވަނީ ފެށިފައެވެ. ކައުސިލުތަކުގެ ބިންތައް މުއިއްޒަށް ބޭނުންވުމުން ނެގުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ހޯދާދޭން މެދުވެރިވެގެންވެސް އެއުޅެނީ ހަމަ އެއްކަލަ ހަންނާނެވެ. 

    މީހުންގެ ނުރުހުމާ ފާޑުކިޔުން އަމާޒުވާ ގޮތަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރުމަށް ގެނެވޭ އިސްލާހުތައް ގާނޫނަށް ގެނެސްދޭން ހައްނާނު މެދުވެރިކުރަނީ މުއިއްޒާއި ޕީއެންސީ ކަމުން ރެކޭންވެގެންކަން އެކަކަށްވެސް ނޯޅެއެވެ. މުއިއްޒު ބޭނުންވާ ގޮތަށް ގާނޫނު ފަރުމާކޮށްފައި ހަންނާނު ލައްވާ ހުށަހަޅުވައިގެން ޕީއެންސީން ވޯޓު ދީގެން ބިލް ފާސްކުރުމަކީ ޕީއެންސީން ރެކެވޭކަށް އޮންނާނެ ކަމެއްނޫނެވެ. ހަންނާނު ކުރި ކަމަކަށް ހަދާ ހަންނާނު ބޮލަށް ކަނޑާލައިގެން ފަރަކު ނުޖެއްސޭނެއެވެ. އަނެއްކޮޅުން މުއިއްޒަށް ގޮށްމުށުގެ ބާރުވެރިކަން ހޯދާދޭ ކޮންމެ ބިލެއްހެން ހައްނާނު ލައްވާ ހުށަހަޅުވުމުގެ މުގާބިލުގައި ހަންނާނަށް ލިބޭ ނާޖާއިޒު މަންފާތަކެއް އޮންނާނެއެވެ. އެ ވާހައަކީވެސް ދައްކާލަން ރަނގަޅު ވާހަކައެވެ.

    ހަމަ ގައިމުވެސް ތުޅާދޫ ހަންނާނަކީ ހުށާހަޅާ ބިލަކަށް ތާއީދު ކުރާނެ މީހަކުވެސް ނެތް އެކަނި ހުރި މެންބަރެކެވެ. އެހެނެއް ކަމަކު ނަމިރާ ނާޒިމު ބުނާހެން އެހެން މީހުންނަށް އަތްލަންނުކެރޭ ތަންތާ އަތްލުވާން ތުޅާދޫ ހައްނާނުވަރެއް ހަމަނެތީއެވެ.  

    ]]>
    Tue, 11 Aug 2026 12:00:53 +0500 މުއާޒު
    މުއިއްޒު ފަހަތަށް ޖައްސާ ޕީއެންސީ ޓިކެޓް ޔާމީނަށް؟ https://heerasnews.com/4496 https://heerasnews.com/4496 އެމްޑީޕީއަކަށް ރައީސް ޔާމީނެއް މުހިންމެއް ނުވާނެއެވެ. އެމްޑީޕީގެ ތެރޭގައި ރައީސް ޔާމީނަކަށް ޖާގައެއްވެސް ނުއޮންނާނެއެވެ. މުއިއްޒަށްވުރެ އެމްޑީޕީ އިސް ކުރައްވައިގެން ރައީސް ޔާމީނަށް ހާސިލު ކުރެއްވޭނެ ކަމެއްވެސް ނުއޮންނާނެއެވެ. އަދިވެސް ރައީސް ޔާމީނަށް ކިރިޔާވެސް އޮތިއްޔާ އޮންނާނީ މުއިއްޒު ދެއްވާ ފުރުސަތެކެވެ.

    ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީނުގެ ހިޔަނިންނެވެ. ވެރިކަން ދެބައިވެގެން ދިޔައިރު އިންތިހާބެއްގައި ވާދަކުރައްވައިގެން ވެރިކަން ކާމިޔާބު ނުކުރެއްވޭ ވަރަށް ރައްޔިތުންގެ ތެރޭގައި ރައީސް މުއިއްޒުގެ މަގުބޫލުކަން ކުޑަވެފައިވާކަން އެންމެނަށްވެސް އެނގެއެވެ. އެހާލަތުގައި އެމްޑީޕީއާއި ދެކޮޅު ފިކުރުގެ މީހުނަށް ވެރިކަން ދިފާއުކުރަން އޮތްހާވެސް ޗޮއިސަކީ ރައީސް ޔާމީނުކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ދަނޑިވަޅުގެ ބޭނުން ހިއްޕެވުމަށްޓަކައި ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އެމަގު ކޮއްޓަވާށެވެ. ދައްކަވާ ވާހަކައިގެ ރާގު ބަދަލުކުރައްވަން ރައީސް ޔާމީނު ފައްޓަވާފައި އެވަނީ އެހެން ވެގެންނެވެ. 

    ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ތިބި މީހުންގެ އޮތް ހިތްކަޅުވުން ފިލުވާލައްވާ އެމީހުނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީނުކަން ދެއްކެވުމުގެ މަސައްކަތް އެވަނީ ރައީސް ޔާމީނު ފައްޓަވާފައެވެ. ކޮންމެ ނަމެއްގައި ތިއްބަސް އެމްޑީޕީއާއި ދެކޮޅު ފިކުރުގެ އެންމެން އެއްކޮށް ގަނޑުކޮށް ހިފަހައްޓައިގެން އެފިކުރަށް ވެރިކަން ދިފާއު ކުރެވޭން އޮތް ގޮތަކަށް ދިފާއުކުރުމަށް ރައީސް ޔާމީނު ނޫންގޮތެއް ނެތްކަން ގަބޫލުކުރުވުމުގެ މަސައްކަތް އެވަނީ ފައްޓާފައެވެ. 

    ރައީސް މުއިއްޒާ ޒާތީ ދެކޮޅުވެރިކަމެއް ނެތްކަމަށްވެސް މިއަދު ވިދާޅުވާން ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނެއެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ހިންގަމުންދާ ބޮޑެތި ބޮޑެތި ޖަރީމާތަކުގެ ވާހަކަ ދައްކަވާ އަޑު ދެން ދާނީ މަޑުވަމުންނެވެ. ދާނީ ކެނޑެމުންނެވެ. ރައީސް ޔާމީނުގެ މުޅި އަމާޒަކަށްވާނީ ރައީސް މުއިއްޒު ލޮއްސައިގެން ފަހަތަށް ޖެއްސެވުމާއި ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ ދައުވާތަށް ނެގުވުމެވެ.

    ވެރިކަމަށް އެނބުރި އެމްޑީޕީ އަޔަނުދިނުމަށްޓަކާ ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒު ވާދަ ނުކުރައްވާ ރައީސް ޔާމީނަށް ތާއިދު ކުރެއްވުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ސާބިތުކޮށް ދެއްވާން ކުރެއްވެން އޮތް ހުރިހާކަމެއް ޔާމީނު ކުރައްވާނެއެވެ. ރައީސް މުއިއްޒު ވާދަ ނުކުރައްވަން ނިންމަވައިފިނަމަ އޭގެ މުގާބިލުގައި ރައީސް މުއިއްޒު ހިންގެވި އެއްވެސް ޖަރީމާއެއް ނުބައްލަވާ "ސޭފް އެގްޒިޓް"އެއް ރައީސް މުއިއްޒަށް އަރުވާނެ ކަމުގެ ޔަގިންކަންވެސް ޔާމީނު ދެއްވާނެއެވެ. 

    އެމަގަށް ޖާގަ ހެއްދެވުމަށްޓަކައި ލަވަމުން ގޮނި ކުޑަކުރައްވަން ރައީސް ޔާމީނަށް ގެންގުޅުއްވެން އޮތް ހަތިޔާރަކީ އެމްޑީޕީއަށް ބަހުގެ ހަމަލާތަށް ފުލުފުލުގައި ދެއްވުމެވެ. ރައީސް މުއިއްޒަށް ހަމްދަރުދީ ފާޅުކުރެއްވުމެވެ. ޕީއެންސީ ފިކުރުގެ މީހުންނާ އެކުގައި އަދިވެސް ހުންނެވިކަން ދެއްކެވުމެވެ. މުއިއްޒުގެ ފަހަތްޕުޅުގައި ތިބި ސަޕޯޓަރުން އެއަށްވުރެ ވަކީން އުފާވާނެ އެހެން ކަމެއް ނުއޮންނާނެއެވެ. ރައީސް ޔާމީނުގެ ހޫނު ބަހުގެ ހަމަލާތައް އަމާޒުނުވުމަކީ ރައީސް މުއިއްޒަށް ވެސް ހިތްޕުޅު ހަމަޖެހުމަކަށް ވާނެއެވެ.

    ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި އެމްޑީޕީއާއި ގުޅިގެން ރައީސް ޔާމީނު ޖަލުގައި ބޭއްވެވީ މުއިއްޒު ކަމަކަށް މިއަދަކު ރައީސް ޔާމީނަކަށް ނުވާނެއެވެ. ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ހުކުން ނެރުމަށް މުއިއްޒު ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަކަށްވެސް މިއަދަކު ރައީސް ޔާމީނަކަށް ނުވާނެއެވެ. ހުރިހާ ކަމެއް ރައީސް ސޯލިހުގެ އިސްތަށިފުޅަށް ކަނޑުއްވަމުން ޕީއެންސީގެ ރިޔާސީ ޓިކެޓާ ދިމާލަށް ރައީސް ޔާމީނު ވަޑައިގަންނަވަނީކަން ރައީސް މުއިއްޒަށް އޮޅިވަޑައިގެންފާނެ ބާވައެވެ.  

    ]]>
    Mon, 10 Aug 2026 10:08:19 +0500 މުއާޒު
    މުއިއްޒުގެ އިންވެސްޓެކޭ ޒިލޭބިޒަކަރިޔާގެ ޒިލޭބިވިއްކުމެކޭ ތަފާތެއްނެތް https://heerasnews.com/4494 https://heerasnews.com/4494 ދިވެހި ދައުލަތުގެ އެންމެ ބޮޑު އެސެޓަކީ ރާއްޖޭގެ ރަށްރަށާއި ފަޅުތަކެވެ. ރާއްޖޭގެ އަގުބޮޑު އެސެޓްގެ ބޭނުން ސަރުކާރުން ކުރަނީ އެންމެ ރަނގަޅަށް ކަމާމެދު ސުވާލު އުފެދެއެވެ. ކުޑަކުޑަ އަގެއް ނަގާފައި ނުއަގުގައި އިންތިހާ ދަރަޖައިގެ ލުއިތަކާއެކު ރަށްރަށާއި ބިންބިމާއި ފަޅުތައް ދިގު މުއްދަތަށް ބޭރު ފަރާތްތަކަށް ދޫކޮށްލުމަކީ އެންމެ ފައިދާހުރި ގޮތް ހެއްޔެވެ. 

    މުއިއްޒު ސަރުކާރު އައިފަހުން ނުއަގުގައި 165 އަށްވުރެ ގިނަ ތަން ކުއްޔަށް ދީފިއެވެ. އޭގެތެރެއިން ގިނަ ތަންތަން ކުއްޔަށް ދިން މުއްދަތު 90 އަހަރަށް ވުރެ ދިގެވެ. އެންމެ ފަހުން ކުއްޔަށް ދޫކުރި 12 ތަނުން ދައުލަތަށް ލިބިފައިވަނީ އެންމެ 16 މިލޔަން ޑޮލަރެވެ. ނިސްބަތުން އެއީ ކޮންމެ ތަނަކަށް 1.3 މިލިޔަން ޑޮލަރެވެ. 

    އެވްރެޖުކޮށް ސަރުކާރު މުއައްޒަފުންގެ މުސާރައަށް 70 މިލިޔަން ޑޮލަރ ހޭދަކުރާއިރު 12 ތަން ކުއްޔަށް ދީގެން އެ ލިބުނީ ގާތްގަޑަކަށް ދެ މަސް ދުވަހު މުއައްޒަފުންނަށް ދޭނެހާ ފައިސާއެވެ. މިހުރިއްޔަކީ މުސާރަ ދެވެން ނެތިގެންވެސް ކުރަން ހެޔޮވާ ވަރުގެ ކަންކަމެއް ނޫނެވެ. 

    ރައީސް ޔާމީނުގެ ވެރިކަމުގައްޔާއި ރައީސް ސޯލިހުގެ ވެރިކަމުގައި ދޫކޮށްފައިވާ ގިނަ ތަންތަން އަދިވެސް އޮތީ އޮޕަރޭޝަނަށް ނުގެނެވިއެވެ. ތަރައްގީކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ނުހިނގާ ހުރި ތަންތަން ވެސް އޭގެތެރޭގައި އަދިވެސް ބައިވަރެވެ. ރިސޯޓް ތަރައްގީ ކުރުމުގެ ހާލަތު އެހާ ދަށުގައި އޮއްވާ އަނެއްކާ 165 ތަން ދުކޮށްލުމުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ޑިމާންޑް ވަނީ އެކީ އެކައްޗަކަށް ނެތިފައެވެ. 

    އެހެން ނޫނަސް މުއިއްޒު ސަރުކާރާމެދު ދުނިޔޭގެ މާލީ އިދާރާތަކާއި އެހީދޭ ސަރުކާރުތަކުގެ އިތުބާރެއް ނެތެވެ. އިންވެސްޓަރުންގެ އިތުބާރު ވެސް ވަނީ ގެއްލިފައެވެ. އެހެން ކަމުން އިތުބާރުހުރި އިންވެސްޓަރުން ލިބުމާއި މާލީ އެހިތެރިކަން ލިބުމުގެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަނިވެފައިކަމީ ފެންނަން އޮތް ހަގީގަތެކެވެ. ބޭރާއި އެތެރޭގެ ދަރަނި އިންތިހާއަށް ބޮޑުވެ ގޮތް ހުސްވަމުން މުއިއްޒު އަމާޒު ހިފާފައިވަނީ ދުނިޔޭގައި މަނީލޯންޑްކުރާ މާފިޔާ ނެޓްވޯކްތަކަށް ރާއްޖެ ހުޅުވާލުމަށެވެ. 

    ނުއަގުގައި ސްކޭމަރުންނަށް ތަންތަން ދީގެންވެސް މުއިއްޒު ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެންވެސް މުއިއްޒަށް ބައިއެޅޭގޮތަށް އެއްމަހުން އަނެއް މަހަށް މުސާރަދެވޭ ވަރުކޮށްލުމަށޭ ހީވެއެވެ. އެހެން ނޫންނަމަ ރަށްރަށާއި ބިންތަކާއި ފަޅުތަކާއި ފަރުތަކާ ނުއަގުގައި ދީގެން ރާއްޖޭގެ 100 އަހަރުގެ މުސްތަގުބަލު މޯގޭޖެއް ނުކުރާނެއެވެ. ގައުމުގައި ގައުމުގެ ދަރިން އުޅޭނެ ތަންތަނާއި އިންވެސްޓްކުރާނެ ތަންތަން ނުބާއްވާ ޖެހުނުހާ ތަނެއް ޖެހުނުހާ ބޭރު ބަޔަކަށް ދީގެން މުސްތަގުބަލުގެ ދިވެހިންނަކީ ބޭރު ބައެއްގެ ނޯކަރުންނަށް ވެދާނެކަމެއް ނުކުރާނެއެވެ.  

    ލިބޭ މަދު ފައިސާކޮޅަކަށްޓަކާ ދިވެހިންގެ މުސްތަގުބަލު މޯގޭޖްކޮށް ދިޔަ ފެލައިލާއިރު އެއިން ތަނެއްގައި މަސައްކަތެއްކޮށްގެން ދައުލަތަށް ސެންޓެއް ވެސް އަދި ލިބޭނެ ދުވަހެއް ނޭނގެއެވެ. ވާނީ އެހެންތާއެވެ. ގޮތް ނޭނގޭ ސްކޭމަރުން ރާއްޖޭގެ ޓޫރިޒަމްގެ ތެރެއަށް ވެއްދީމާ މޮޅެތިހާ ގޮތްގޮތަށް ކޮންސެޕްޓް ޑިޒައިންކޮށްގެން އެ ތަންތަން ދުނިޔޭގެ ބާޒާރުގައި ވިއްކަން އެމީހުން އުޅެނީ ޒިލޭބި ޒަކަރިޔާ ބޮލަށް ދޮލަނގުލައިގެން ޒިލޭބި ވިއްކަން އުޅޭހެންނެވެ. 

    ]]>
    Sun, 09 Aug 2026 19:54:09 +0500 މުއާޒު
    މުއިއްޒު ވަރުގެ ވެރިއަކު ހަމަ ނުފެންނާނެ https://heerasnews.com/4487 https://heerasnews.com/4487 މުއިއްޒު ވަރުގެ ރައީސަކު ނުދެކޭ ކަމަށް ބުނާނީ ބައްދަލުވާ ބޭރު މީހުން އެކަންޏެއް ނޫނެވެ. އެޑޮލްފް ހިޓްލަރާއި ކަލިގުއިލާ ދުނިޔޭގައި ތިބި ނަމަ އެމީހުން ވެސް މުއިއްޒު ވަރުގެ ވެރިއަކު ނުފެންނާތީ އާޝޯހު ވާނެއެވެ. އީޑީ އަމީނާއި ޕޮލް ޕޮޓް ވެސް މިސާލަކަށް ބެލީހެވެ. ރޮބަޓް މުގާބޭ ގެ ދުވަސްނަަމަ އޭނާގެ އެދުރަކަށް ގެންދިޔައީހެވެ. 

    އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ. މުއިއްޒުގެ ކިބައިން ފެންނަ ދެފުށް ދެގޮތްކަމާއި ލަދުކުޑަކަމަކީ ދުނިޔޭގެތާކު ވެރިކަން ކުރި މީހެއްގެ ކިބައިން މަދުންނޫނީ ނުފެންވަރުގެ ކަންކަމެވެ. އެކެއްގެ ކިބައި އެންމެ ގިނަ ގޯސް ސިފަ ފެނުނު އެއް ވެރިއަކީ މުއިއްޒުކަމާމެދު ދުނިޔޭގެ ގިނަ މީހުން އިއްތިފާގުވާ ކަމަށްވެއެވެ. 

    މުއިއްޒު ރާއްޖޭގައި އިންޑިއާ ސިފައިންގެ ބޫޓުކިބައެއް ވެސް ނުބަހައްޓާ ބާލައިލީ އެމީހުންގެ ޔުނީފޯމެވެ. ރާއްޖޭގެ ސިޔާދަތު ހިފައިގެން އުދުހުނު އިންޑިއާ ސިފައިންގެ ހެލިކޮޕްޓަރތަކާއި ޑޯނިއާ ބޯޓު ނަކަތްގެ ލައްވާފައި އެތިބީ ކުރިން ކުރި ކަންތައް ކުރަން ބައިތިއްބާފައެވެ. 

    ފަޑުއްކަވީ އިންޑިއާ ބޭސް ޔޫރަޕްގެ ބޭހަށްވުރެ މޮޅުވެ، މޯލްޑިވްސް ފަސްޓް ގޮވަމުން އެއްގައުމަށް ބަރޯސާ ނުވާން ބެކްވާޑުގައި ނޯވެ އިންޑިއާގެ އުންގަށް ފުންމާލުމަކީ އާދައިގެ މީހުނަށް ވާޒާތުގެ ކަންކަމެއް ނޫނެވެ. ޑޮގަށްލާފައި އޮތް ބައު ފްލައިޓްގަޑެއް މަތިހަދާލައިގެން ބަލިމީހުން އުފުލަން އެއަރ އެންބިއުލާންސް ހަދާފައި ލަންކާއަށް އެޅި އެއް ދަތުރަށް ފަހު ގްރައުންޑް ވީގޮތަށް އޮތުމަކީ މުއިއްޒުގެ މޮޅުކަން ނޫން އެހެން ކޮންކަމެއް ހެއްޔެވެ. 

    އިޓްލޮސްގެ ހުކުމަށް ތަބާނުވެ ގެއްލުނު ކަނޑާއި ޗާގޯސް ހޯދަން އަސްކަރިއްޔާއެއް ނެތް މޮރިސަސްއާއި ސިޔާސީ ގުޅުން ކަނޑާލާ ހަނގުރާމަ އިއުލާނުކުރާ ހިސާބަށް ދިޔުމަކީ ދުނިޔެއަށްވެސް މިސާލެކެވެ. ތުރުކީން ބައުދަގަނޑަށް ކިރަންވެފައިއޮތް ބޯޓަކާ ހަވާލުވެ ހަމައަގަށް ވުރެ ބޮޑު އަގުދީފައި އައުޓްޑޭޓެޑް ޑްރޯން ތަކެއް ގަނެގެން ގެނެސް އުރަލާފައި ބާއްވައިގެން އެއަރފޯސް ހަދާނެ އެހެން މޮޔައަކު ނޫޅޭނެއެވެ. 

    މުއިއްޒު ވަރުގެ ގާޒާއާއި ފަލަސްތީނަށް ހެޔޮއެދޭ އިސްލާމީ ވެރިއަކު ނެތް ކަމަށް ދައްކައިގެންހުރެ އިޒްރޭލުން ގާޒާގައި ހިންގި ނަސްލު ނައްތާލުމުގެ އަނިޔާވެރިކަން މެދުކަނޑާލަން ދެން އިޒްރޭލް ޕާސްޕޯޓް ބޭން ކުރުން ދިގުދަންމާލި މުނާފިގު ގޮތަކީ ދުނިޔެ އަޖައިބު ކުރުވި ކަމެކެވެ. 

    ރަސްމީ ކޮޓަރިކޮޅުގައި ކުއްލައިލި ކުޅުމުގައިވެސް އެވަރެއް ނެތެވެ. އެއްފަހަރު ދައްކާވާހަކަ އެހެން ގޮތަކަށް ބަދަލުކޮށް ކަންކަން އުނބަށް ޖެހުމުގައިވެސް މިސާލެކެވެ. ޑަބްލިޔުއެޗްއޯގެ ލަފަޔާއެކު ސިނގިރޭޓްގެ އަގުހެޔޮ ކުރި ފުރަތަމަ ވެރިޔާއަށް މުއިއްޒުވީމާ އެވަރު އެހެން މީހަކު ހުންނާނެ ހެއްޔެވެ.

    ދުނިޔޭގެ ތާކު އަދި ނެތް ޓެކްނޮލޮޖީއެއްގެ ބިއްލޫރި ޓަނަލާއި ފްލޯޓިންގ ޓާމިލް އެއަރޕޯޓާއި މޮނޯރޭލާއި އިންޓަރނޭޝަނަލް ފައިނޭންސަލް ސްކޭމް ހަބާއި އެކޯސިޓީއާއި ރަސްމާލެ ސިޓީ ފަދަ ހުވަފެނީ ޕްރޮޖެކްޓް ތަކުންވެސް އެނގި ކަށަވަރުވަނީ މުއިއްޒު ކަހަލަ ހިޔާލީ ފޮލާ ކައްކާ އެހެން ވެރިއަކު މީހަކަށް ނުފެންނާނެކަމެވެ. މަވެތިވެ ވައުވަދެފައި ހުރިވަރުން މޮޅު ވާހަކައަކަށް ވެގެން އެ ވާހަކަ އަމިއްލައަށް ދައްކާއިރު ބަޔަކު މަލާމާތް ކުރަނީކަންވެސް އެނގެނީއެއް ނޫނެވެ.  

    ]]>
    Fri, 07 Aug 2026 20:00:00 +0500 މުއާޒު
    ދައުލަތް ވީދާ ނޮޅާ ކެއުމުގެ ކުޑަ މިސާލެއް ސެންޓްރަލް ޕާކުން https://heerasnews.com/4485 https://heerasnews.com/4485 ދައުލަތް ވީދާ ނޮޅާކެއުމުގެ ކުޑަކުޑަ މިސާލެއް ހުޅުމާލޭ ސެންޓްރަލް ޕާކުން އެ ހުންނަނީ އަބަދުމެ ފެނިފެނިއެވެ. ސަރުކާރުން އިންތިޒާމްކޮށްގެން ކޮންމެވެސް ނަމެއްގައި ކޮންމެވެސް އެކްސްޕޯއެއް ނުވަތަ ފެސްޓިވަލެއް ނުބާއްވާ އިރެއް މުއިއްޒު ވެރިކަމަށް އެރީއްސުރެ ނުދެއެވެ. 

    މާސިންގާ ބޮޑެތި ޓެންޓްތައް ޖަހައިގެން ޒާތްޒާތުގެ އެކްސްޕޯ ތަކާއި ފެސްޓިވަލްތައް ބާއްވަން އެޗްޑީސީ ޖާމިނުވެ މައިގަނޑު ގޮތެއްގައި ބައިވެރި ކުރުވަނީ ސަރުކާރުގެ ކުންފުނިތަކެވެ. ސަރުކާރުން އިންތިޒާމުކުރާ އެ ހަރަކާތްތަކުގައި ސަރުކާރު ކުންފުނިތައް ބައިވެރި ނުވެއެއް ފަރަކުނުޖެހެއެވެ. ކުންފުނި ކިތަންމެ އަޑިއަޅާފައި އޮތަސް އެކްސްޕޯތަކާއި ފެސްޓިވަލުތަކުގައި ބައިވެރިވުން މަޖުބޫރެވެ. ޕްރަމޯޓްކުރާނެ މުދަލެއް ހިދުމަތެއް ނެތަސް ވަރިހަމައެވެ. ދިރާގާއި އުރީދޫއާއި ހުރިއްޔާ ހުރި ބޭންކެއްވެސް އޭގެތެރެއަށް މަހާނުލާ ދުލެއް ނުކުރެއެވެ.

    އަނެއްކޮޅުން ބޮޑެތި އަމިއްލަ ކުންފުނިތަކުންވެސް އެކަންކަމުގައި ބައިވެރިވެ ނެތްވަރު ދެއްކުން އޮންނަނީ މަޖުބޫރުވެފައެވެ. ސަރުކާރުން ރާވާ އެޒާތުގެ ކަންކަމުގައި ބައިވެރި ނުވުމަކީ ކުންފުނި ބްލެކްލިސްޓްވެ ފިއްތުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެއްކަމަށް އޮންނަނީ ގަބޫލުކުރުވާފައެވެ. ފުލުފުލުގައި މި ސަކަރާތެއް ސަރުކާރުން މި ޖަހާ ބޭނުމާ މެދު ވިސްނާ މީހުން ދެކޭ ގޮތެއް އޮވެއެވެ.

    ހުޅުމާލެ ސެންޓްރަލް ޕާކްގައި ބިލާދަރު ފޭލިގެތައް ޖަހައިގެން ހުއްޓާނުލާ ހަގީގަތުގައި ކުރާކަމަކީ އެޗްޑީސީއަށް ފައިސާ ހޯދާ ދިނުމެއް ނޫނެވެ. ބާރަށު ސުޖާގެ އިވެންޓްމެނޭޖު ކުންފުންޏަށް މެދުނުކެނޑި ފައިސާ އޮހޭގޮތް ހަދާދީފައި ބޭއްވުންކަމަށް މީހުން ބުނެއުޅެއެވެ. އަބަދާ އަބަދުހެން ސެންޓްރަލް ޕާކުގައި ޖަހާފައި އެ ހުންނަ ބިޔަ ފޭލިގެ ތަކަކީ ސުޖާގެ އިވެންޓްމެނޭޖު ކުންފުނިން ކުއްޔަށް ހިފައިގެން މިލިޔަނުން ސަރުކާރުން ކުލިދައްކާ އެއްޗެހިކަމަށް ބުނާތީ އިވެއެވެ. 

    އެވަރަކުން ނުނިމެއެވެ. އެކްސްޕޯތަކާއި ފެސްޓިވަލްތަކުގެ އަޑުގަދަ ކުރާ ނިޒާމާއި ދިއްލުންތަކުގެ ހުރިހާކަމަކީވެސް ސުޖާގެ އިވެންޓްމެނޭޖް ކުންފުނިން ބޮޑުއަގު ނަގައިގެން ކުރާ ކަންކަން ކަމަށް މަސްދަރުތަކުން މައުލޫމާތުދެއެވެ. މެދުނުކެނޑި ސުޖާއަށް މިލިޔަނުން ފައިސާ ވަންނަ ގޮތަށް ތަރުތީބުވެގެން ހިންގާ ދައުލަތް ދަވާލުމުގެ ހަރަކާތުގެ މުގުލުގައި ހުންނަނީ މުއިއްޒުކަމަށް ވެސް ކިޔަތެވެ. މުއިއްޒަށް ބައިނާޅާ މިވަރުގެ ކަމެއް އެހާ ގިނަ ދުވަހު ނުކުރެވޭނެކަމަށް މުހައްލިލުން ބުނެއެވެ. 

    ފާޅުކަން ބޮޑުކޮށް މިވަރުގެ ބޮޑެތި ޖަރީމާ ހިންގާއިރު އޭސީސީ އުޅެނީ ދެލޯ މަރާ ތަގުޅި ކޮށްގެންނެވެ. އަޅާ ކަހާވެސް ނުލައެވެ. މާ ކަންވާ ބަޔަކަށް ހެދެންވެގެން އެމްއޯޔޫ ހަދައިގެން އުޅެނީ މުއައްސަސާތަކާއެކު ސޮއިކުރުމުގައެވެ. ފަސްއަހަރު ވަންދެން ދައުލަތް ދަވާލާނެގޮތަކަށް ދަވާލަން ހަވާލުކޮށްފައި އެއްބަޔަކު ތިބީ ކޮނޑުހުޅުން ނެއްޓެއްދެން އަތްޖަހާށެވެ. އަނެއް ބަޔަކު ތިބީ ބޮޑު ވަރިހަމައިގައެވެ.  

    ]]>
    Thu, 06 Aug 2026 20:52:39 +0500 މުއާޒު
    މޫނަށް ކަނދުރާއަށް ނުބަލާ ފިޔަވަޅުއެޅެނީ ބައިނާޅާ ވަގުންނަށް https://heerasnews.com/4484 https://heerasnews.com/4484 ސަރުކާރުން ކުރާ ރަނގަޅުކަންކަމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދެވޭނީ ރަނގަޅު ކަމެއް ކުރާނަމަތާއެވެ. ބައެއް ކަންކަމުގައި ރައީސްގެ ވާހަކަ ކިތަންމެ ރީއްޗަސް އަމަލެއް ރީއްޗެއް ނޫނެވެ. މުޅިންހެން ދައްކަނީ ހޮޅިވާހަކައެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ފިޔަވަޅު އަޅާނެކަމަށް މުއިއްޒު ބުނާ ބުނުމަކީ އެކަހަލަ ހޮޅި ވާހަކައެކެވެ.

    ކޮރަޕްޝަނާއި ވައްކަން ނައްތާލުމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާ ފިޔަވަޅު އަޅާނެ ކަމަށް އެތައް ފަހަރަކު އެތައްތާކު ރައީސް މުއިއްޒު ވަނީ ތަކުރާރުކޮށް ބުނެފައެވެ. އެހެން ބުނާއިރު މޫނާ ކަނދުރާއަށް ނުބަލާ ވަޒީރުކަމާއި މޭޔަރުކަމުގައި މުއިއްޒު ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަންތަކުން އެކަނިވެސް  ފިޔަވަޅު އެޅޭނެގޮތް ސާފުވާނެއެވެ. އަމިއްލަ މޫނާ ކަނދުރާއަށް ނުބަލާ އެ ކަންކަން ބަލާ ފިޔަވަޅު ނާޅުވާ ހުންނަނީ ކީއްވެހެއްޔެވެ. އަނެއްކޮޅުން މުއިއްޒު ވެރިކަމަށް އެރީއްސުރެ ހިންގުވަމުންދާ ވައްކަމާއި ކޮރަޕްޝަންތަކުގެ ތަހުގީގު މޫނާއި ކަނދުރާއަށް ނުބަލާ ހިންގާ ފިޔަވަޅު ނާޅާ ހުންނަނީ އަމިއްލަ މޫނާއި ކަނދުރާ އަމިއްލަ ލޮލަށް ނުފެންނާތީ ހެއްޔެވެ. 

    ރެއަކަށް އިރުއޮއްސިފައި އިރު އެރި އިރު މަޖިލީހުން އެމްޑީޕީ 13 މެންބަރުން ޕީއެންސީއަށް ބަދަލުކޮށްލި ރިޝްވަތާއި މަޖިލީހުގެ ވަކި ހާއްސަ މެންބަރުން ތަކަކަށް ކޮންމެ މަހަކު ދިން 50000ރ ރިޝްވަތުގެ މައްސަލަވެސް މޫނާއި ކަނދުރާއަށް ނުބަލަންޏާ ފެންނަން އޮންނާނެއެވެ. މުއިއްޒު ސަރުކާރުގެ އެކިވަރުގެ ވެރިން ހިންގާކަމަށް ތުހުމަތުކޮށް އޭސީސިއާއި ޕޮލިހަށް ހުށަހެޅިފައި ހުރި މައްސަލަތަކާއި އާއްމުކޮށް މީޑިއާއަށް ތިލަވެފައިވާ އެތައް މައްސަލައެއް ނުހިންގާ އޮތީ ހަމަ މޫނަކަށް ކަނދުރާއަކަށް ނުބަލާތީ ހެއްޔެވެ.

    އެމްއެމްޕީއާރުސީގެ ވައްކަމުގެ އެތައް ބައިވެރިން ކުރީ ގޮނޑިބަރީގައި އަތުރާފައި ބައިތިއްބައިގެން ޖަގަހަ ޖަލްސާއެއްގައި އެމައްސަލަތައް ބަލާ ފިޔަވަޅުއެޅުމުގައި މޫނަކަށް ކަނދުރާއަކަށް ނުބަލާ ފިޔަވަޅު އަޅާނަމޭ ބުނިފަހުން ވެސް ދެ އަހަރަށް ވުރެ ގިނަ ވީއެވެ. އެމްއެމްޕީއާރުސީގެ މައްސަލައެއް ނުބެލުނުތާ އެމައްސަލައާއި ގުޅިގެން އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާވެސް އަނބުރާ ގެނައީ މޫނަކަށް ކަނދުރާއަކަށް ނުބަލާތީ ހެއްޔެވެ. 

    އެމްއެމްއޭގެ ފިނޭންސަލް އިންޓަލިޖެންސުން ބާރަށު ޝުޖާއާއި ދެކޮޅަށް އޭސީސީއާއި ޕޮލިހަށް ހުށަހަޅާފައި އޮތް ކޮރަޕްޝަންގެ މައްސަލަ އޮބަހައްޓާފައި އޮންނަނީ މޫނަކަށް ކަނދުރާއަކަށް ނުބަލާތީހެއްޔެވެ. ވަޒީރު ފެންވަރުގެ އެމްޑީ ފަޒުލް އެޗްޑީސީގައި ހިންގުވިހާ ކޮރަޕްޝަނާއި ފަސާދައިގެ ބިޔަ ބޮޑެތި ޖަރީމާތައް ހިންގުން ހުއްޓުވާފައި އޮންނަނީ މޫނާއި ކަނދުރާއަށް ލޮލުގެ ކުޑަކޮޅުންވެސް ނުބެލޭތީ ހެއްޔެވެ. 

    ނަންކިޔާ ލިސްޓުކުރަން ވެއްޖެއްޔާ ކޮޅުން ނުލާވަރުގެ ލިސްޓެއް ހެދިދާނެއެވެ. ކޮންމެ ވާހަކައެއް ކިތަންމެ ބާރަށް ދެއްކިޔަސް މޫނަކަށް ކަނދުރާއަކަށް ނުބަލާތީ ބަލާ ފިޔަވަޅު އެޅެނީ ބައިނާޅާ ވައްކަންކުރި އިމިގްރޭޝަން ކޮންޓްރޯލަރ ކަހަލަ މީހުންނަށެވެ. 

    ]]>
    Thu, 06 Aug 2026 14:56:08 +0500 މުއާޒު
    ސައީދު ވަޒީރަށް: ޓިކްޓޮކްގައި ބަހަނާނުދައްކާ ހަގީގަތާ ކުރިމަތިލާ https://heerasnews.com/4481 https://heerasnews.com/4481 އިއްޒަތްތެރި ސައީދު ވަޒީރޫއެވެ. ބާޒާރުގައި ތަކެތީގެ އަގު ބޮޑުކަން މީހަކު ނުބުންޏަސް އެންމެނަށް ވެސް އެނގެއެވެ. އެއްތަން އަނެއްތަނާއި އެއްގައުމު އަނެއް ގައުމާ އަޅުވައިގެން އަގު ބޮޑުނުވާކަން ދައްކަން ވަޒީރުން ނިކުމެ ޓިކްޓޮކް ހެއްޖަކަސް އަގެއް ހެވެއް ނުވާނެއެވެ. ކުރީ ސަރުކާރުގެ 5 އަހަރުގެ ސުރުހީތައް އެއްކޮއްގެން ފޮތް ހަދައިގެން އަރާ ހުއްޓަކަސް އެޔެއް މިހާރަކު ނުވިކޭނެއެވެ. ކުލީ ބޮޓުންނާއި މާބަނޑު އަންހެނުން ލައްވާ ކޮންޓެންޓް ހައްދައިގެން މީސްމީޑިއާގައި ދައުރު ކުރުވިޔަސް ބާޒާރުގެ ބޮޑުއަގު ތިރިއެއް ނުވާނެއެވެ. 

    ކުރީ ސަރުކާރުން ކުރި ކަންކަމުން އިގުތިސޯދަށް ލޮޅުން އަރަނީ ކަމަށް ބުނެ ރާގުރާގަށް ވާހަކަ ދެއްކީމާ އެވާހަކަ ގަބޫލުކުރާނީ ވެރިކަމުގެ ފުރަތަމަ ތިން ހަތް ދުވަހުއެވެ. ފަސް އަހަރުގެ ދައުރެއް ދެބައިވެ ދިޔައިރުވެސް ކުޑަވެސް ކަމެއް ރަނގަޅު ނުވުމަކީ ކުރީ ސަރުކާރުގެ މައްސަލައެއް ނޫންކަމަށް ތުއްތު ކުދީންވެސް ބުނާނެއެވެ. 

    ދެ އަހަރެއްހާ ދުވަހު ދުނިޔޭގެ ބޯޑަރު ބަންދުވެފައި އޮވެ ޓޫރިސްޓަކު ނައިސް ދިޔައިރުވެސް ނުޖެހޭ ހާލު މިހާރު ޖެހުނީމާ ހަދާ ޓިކްޓޮކެއްގައި ދައްކާ ހުއްޖަތެއް މީހުން ގަބޫލެއް ނުކުރާނެއެވެ. މަތިމައްޗަށް އެކި ފަހަރު އެކިގޮތަށް މައްޗަށް ނާރާނެކަމަށް ބުނި ޑޮލަރުގެ އަގު 22 ރުފިޔާ އާއި އަރާ ހަމަ ކުރާއިރު ކުރެވުނު ކަމެއް ނެތީމާ ހަދާ ޓިކްޓޮކަކުން އަސަރެއް ނުކުރާނެއެވެ. 

    އެއް ބަހެވެ. ކުރީ ސަރުކާރުން ފައިސާ ޗާޕްކުރިއެވެ. ދަރަނިވެސް ނެގިއެވެ. ރައްޔިތުން ހާލުގައި ޖެހުނަނުދީ ސަލާމަތްކުރަން ކުރެވޭނެ އެހެންކަމެއް ނެތީމާ އެކަންކަން ކުރަން މަޖުބޫރުވެގެން އެހުރީ އެކަންކޮށްފައެވެ. އޭގެ ނަތީޖާ ރައްޔިތުނަށް ފެނުނީ ރަނގަޅެވެ.

    ޗާޕްކުރި ފައިސާއިން ކުރީގެ ވެރިކަމުގައި ބާޒާރަށް ނެރުނީ ޗާޕްކުރި ފައިސާގެ ވިހި ޕަސެންޓެވެ. ބާކީ ހުރި 80 ޕަސެންޓް މުއިއްޒު ވެރިކަމަށް އައި އިރުވެސް އެމްއެމްއޭގައި ހުރީ ހިފެހެއްޓިފައެވެ. ގައުމު އޮތް ހާލަތު އެނގޭތީ އެކަންކަން ހަމަޖެއްސުމަށް ދެވަނަ ދައުރު ދިނުމަށް ކުރީ ސަރުކާރުން އެދުނެވެ. އެކަމަކު ކެނޑި ބައިސާއާއި ދެއްކި ފެހި ސިގުނަލްތަކުން އެމީހުނަށް ނުދީ ރައްޔިތުން ވެރިކަން ތިޔަ ވަނީ މުއިއްޒާ ހަވާލުކޮށްފައެވެ.

    މުއިއްޒުވެރިކަމާ ހަވާލުވެ ތެޅެފޮޅިގަތީ އައުކުކުޅަކަށް ގައުބިހެއް އެޅިގެން އުޅޭފާޑަށެވެ. އިގުތިސޯދު އޮތް ގޮތެއް ގައުމުގެ ހާލަތެއް ނުބަލައެވެ. 22 ވުޒާރާ ހަދާ ހާސްހާހުން ސިޔާސީ މަގާމުތައް އުފައްދާ ނެތް ގޮޑިމޭޒަށް މީހުންލީއެވެ. ދުނިޔެ ބަލައިލަން ފައުޖުހަދައިގެން ދަތުރުކޮށް ނެގީއެވެ. ބޭރުގައި ހުރިއްޔާ ހުރި އެންބަސީއެއް ތޮއްޖެހެންދެން މީހުންލައިގެން ޑޮލަރުން މުސާރަދޭން ފެށީއެވެ.

    އެމްއެމްއޭގައި ހިފަހައްޓާފައިހުރި ޗާޕްކުރި ފައިސާތައް އަތުފަތު ނުޖެހޭވަރަށް ވަޒީފާދިން މީހުނަށް މުސާރަދޭން ތަޅާ ހުސްކޮށްލާ ދައުރުވާ ފައިސާ ގިނަކޮށްލީއެވެ. އިންޑިއާއަށް ދެރަނުވާން ދައްކަން ނުޖެހޭ އެތައް މިލިޔަން ޑޮލަރެއް ދައްކާލީއެވެ. ރައްޔިތުންގެ މަޖިލީހުން މެންބަރުން ގަންނަން މިލިޔަނުން ހަރަދު ކުރީއެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޕަރމެޖޯރިޓީ ހޯދަން އެޔެއް މިޔެއް ނުބަލާ ފައިސާ ތަޅާ ބުރުއްސީއެވެ.

    ކުރިމަތީގައި އަދާކުރަންޖެހޭ ބިލިޔަނަކަށްވުރެ ބޮޑު ދަރަނި އޮތްއިރު އެއިން ކަމަކަށް ވިސްނާނުލާ ރަސްމާލެ ހިއްކަން 700 މިލިޔަން ޑޮލަރާއި ޑްރޯނާއި ހަތިޔާރު ގަންނަން 300 އެއްހާ މިލިޔަން ޑޮލަރު ހޭދަކޮށް ބިލިޔަނަކަށްވުރެ ގިނަ ޑޮލަރު ބޭރަށް އިސްރާފްކޮށްލީއެވެ. ބޭސް ފަރުވާއާއި ކާޑާ ތެލަށް ޑޮލަރުން ހަރަދުކުރަން ލާޒިމް ހަރަދުތައް ހުއްޓާ ބިލިޔަނަކަށްވުރެ މާގިނަ ޑޮލަރު މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ތަޅާ ބުރުއްސާލުމުގެ ހިތި ނަތީޖާ މިހާރު މި ފެންނަނީއެވެ. 

    ޑޮލަރުން އެހާ ބޮޑު އިސްރާފެއް މިދިޔަ ދެ އަހަރު ތެރޭގައި ނުކުރިނަމަ ދައްކަން އޮތް ދަރަނި ދައްކާފައިވެސް ޑޮލަރަށް ދަތިނުވެ ބާޒާރުން ހެޔޮ އަގުގައި މުދާ ގަންނަން ލިބޭނެއެވެ. ތެލާއި ކާޑާއި ބޭސްފަރުވާކުރަން ޑޮލަރު ނެތިގެން އުޅޭކަށް ނުޖެހުނީހެވެ. ޑޮލަރުގެ އަގު އަރައިގެން ނުދިޔައީހެވެ. އެހެން ކަމުން ހުއްޓާ ނުލާ ކުރީ ސަރުކާރޭ ނުކިޔާ ހަގީގަތާ ދެންވެސް ކުރިމަތި ލާބަލާށެވެ. 

    ]]>
    Wed, 05 Aug 2026 09:59:28 +0500 މުއާޒު
    ދިރުވާލާ ބަތްމުށުންވެސް ޓެކްސް ދީގެންއުޅޭއިރު ގޮވަނީކަލަ https://heerasnews.com/4480 https://heerasnews.com/4480 އެންސްޕާއެއް ކަމަކު ލަދުވެތި ވާހަކަ ނުދައްކާށެވެ. ދިވެހި ރައްޔިތުންނަށް ބަލިހާލުޖެހި ފުރާނަ ސަލާމަތްކުރަން ހަރަދުކުރާ ފައިސާގެ ވާހަކަ ދައްކަން ލަދުނުގަންނަކަމެވެ. އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ރައްޔިތުން ތެރެއިން ބަޔަކަށް ފަރުވާދެވުނީތީ ކަލަގޮވަނީ އެންސްޕާ ޝިރުނާގެ ރަނަގަވާޅުން އެއްޗެހިތަކެއް ދެވިގެން ހެއްޔެވެ. އެއްކަލަހެން މޮޔަ މޮހަދަށް ޓީވީ ހަދަން ވަތްގަޑުން ހީނާ ދިންކަހަލަ އެއްޗަކީ ހެއްޔެވެ. ނޫނީ ވިއްޔާ މުއިއްޒު ގޯތި ބަންގާޅުފޮށިން ބައިވަރުގަޑެއް ދެވިގެން އުޅެނީ ހެއްޔެވެ. 

    މާތްކަލާކޯއެވެ. ކަލޭމެންނާ ރައްޔިތުން މަތިކޮށްފައި އޮތީ އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމަށެވެ. ރައްޔިތުންގެ މާލުން ހަރަދުކޮށްފައި އަތްގުޅިނުކާ މުސާރައާއި ރައްޔިތުންގެ ޗެކްފޮތާއި ސޮއިކުރަން ގަލަން ދީފާ ތިޔަ ތިބީ ރައްޔިތުނަށް ހިދުމަތްކުރާށެވެ. އަވާރާ ވެގަނެގެން ނޫޅެ ބަލާށެވެ.

    ކަލޭމެން ތިޔަ ކަލަގޮވާ ހަރަދެއް ކުރެވިގެން ތިޔަ އުޅެނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިންނެވެ. ހަތަރު ލައްކައެއްހާ ރައްޔިތުންގެ ތެރެއިން އެއްޗެއް ދިއްކޮށްލެވިގެން ތިޔައުޅެނީ މަދު މީހަކަށެވެ. ގިނަ މީހުން ތިބީ ތިޔައިން އެއްޗެއް މުޅި އުމުރުގައިވެސް ނުހޯދައެވެ. ދިރުވާލާ ބަތްމުށުންވެސް ޓެކްސް ދީގެންއުޅޭ ރައްޔިތުމީހާއަށް ކުޑައިމީސްވާ ގޮތަށް ކަލަގޮވަން ތިޔަ ތަންތާކު ޗޯކުޖަހައިގެން ގޮސްތިބޭނެ ކަމެއްނެތެވެ. ކާބޯތަކެއްޗާއި ބޭސްފަރުވާއާ ރައްޔިތުންނަށް ހޯދާނުދީ ސަރުކާރުން ކުރާކަށް އެހެން ކަމެއް ނުއޮންނާނެއެވެ.

    އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްވެގެން ރައްޔިތުން ބޭސް ފަރުވާ ހޯދަންޖެހެނީ ރައްޔިތުންގެ މައްސަލައަކުން ނޫނެވެ. ކަލޭމެން ސަރުކާރުގެ ނުކުޅެދުން ތެރިކަމުންނެވެ. ސަރުކާރު ހޮސްޕިޓަލުގައި އެޑްމިޓްވެގެން ފަރުވާ ކުރެވެން ނޯންނާތީއެވެ. ޑޮކްޓަރުންނަށް ދައްކަންޖެހެވޭ ކިޔުދިގުވެ މަރުނުވަތަ ގަދަ ވަންދެން "ވެއިޓް ލިސްޓް" ގައި ތިބެން ޖެހެނީ ރައްޔިތުން ކުރާ ކަމަކުން ނޫނެވެ. އެޑްމިޓްވާން ބެޑެއް ނުލިބެނީ ބަލިމީހާގެއިން އެދެއް ގެންދަންޖެހި އެނދެއް ނުގެންދެވިގެންނެއް ނޫނެވެ. އެނދެއް ލިބެއްޖެއްޔާ ތިޔެޓަރު ނުލިބިގެން ފުރާނަ އަރުއްވައިގަންނަވަންދެން އޮންނަންޖެހެނީ ބަލީމީހާގެ މައްސަލައަކުންނޫނެވެ. 

    ސަރުކާރު ހޮސްޕީޓަލްތަކުން ކަންކަން ވާން ހުންނަ ނަމަ އަމިއްލަ ހޮސްޕިޓަލްތަކުގައި އެޑްމިޓްވެގެން ފަރުވާ ކުރާކަށް އެކަުވެސް ނުދާނެއެވެ. ކޮންމެ މަހަކު ބިލިޔަން ބިލިޔަނުން ދައުލަތަށް ވަންނަ ފައިސާއަކީ ސަރިކާރުތަކުން ތަޅާބުރުވާ އަމިއްލަ ޖީބަށް އަޅާ އެއްޗަކަށް ވީމާ ވާނެހައެތި ތިޔަ ވަނީއެވެ.

    ރައްޔިތުންގެ ބޭސްފަރުވާއަށް ކުރާހޭދައަކީ ދައުލަތަށް އޮތް އެންމެ ބޮޑު ބުރަކަމަށް ދައްކައިގެން ކުރާހާވެސް ކަމަކީ ޖެހުނުތާކުން ޖެހުނު މީހަކު ދައުލަތް ނޮޅާ ވީދައިގެން ކެއުމެވެ. ހިތުހުރި ގޮތަކަށް ދައުލަތް ދަވަމުން ރައްޔިތުންގެ ބޭސްފަރުވާއަށް ކުރާ ހޭދައާއި ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ވެދޭ އެހީއަށްވުރެ ބޮޑު ބުރައެއް އުފުލަން ސަރުކާރަށް އޮންނަކަމަށް ނުހެދުމަކީ ޖާހިލުކަމާއި ނުބައި ނުލަފާކަމެވެ.    

    ]]>
    Wed, 05 Aug 2026 08:17:42 +0500 މުއާޒު
    އޭސީސީ | ސަރުކާރަށް ގުރުބާން ކަންބަޅި ކަތިލާދޭ ހަންޖަރު https://heerasnews.com/4475 https://heerasnews.com/4475 ކޮރަޕްޝަނުން ފޯވެފައިވާ ނަމުން އެންޓި، ކޮރަޕްޝަން ކޮމިޝަނަށް ރާއްޖޭއިން ކޮރަޕްޝަން ނައްތައެއް ނުލެވުނެވެ. މަދެއްވެސް ނުކުރެވުނެވެ. އެއްދުވަހުން އަނެއް ދުވަހަށް ކޮރަޕްޝަން އިތުރުވެ ކޮރަޕްޝަނުގެ ސައިޒް ބޮޑުވަމުން ދާކަމީ ދެބަސްވެވެން ނެތް ހަގީގަތެވެ. 

    އެހެނެއް ކަމަކު ފުލުފުލުގައި ފަހުމުނާމާތައް ހަދަމުން ސޮއިކޮށް ފޮޓޯނަގަމުން އިސްތިހާރުވުން ނޫން ކަމެއް އޭސީސީން މިހާރަކު ނުކުރެއެވެ. ފަހުމުނާމާ ހަދައިގެން ކޮރަޕްޝަން ހުއްޓޭނަމަ ކަސްޓަމުންވެސް މިހާރު އޮތީހީ ކޮރަޕްޝަންގެ އަސަރު ފިލާ ނެތި ގޮސްފައެވެ.  

    އެންމެ ފަހުން އޭސީސީ ފަހުމު ނާމާއެއްގައި ސޮއިކުރީ ސްޓެލްކޯއާއި އެކުގައެވެ. ސްޓެލްކޯއާއިއެކު ހަދާ ފަހުމުނާމާއަކުން ނިކުންނާނީ ވަކި ކޮން ނަތީޖާއެއް ހެއްޔެވެ. ސްޓެލްކޯއަކީ ދައުލަތުން ކަރަންޓްގެ ހިދުމަތްދޭ މައި ކުންފުންޏެވެ. ކޮރަޕްޝަން ދެނެގަނެ ނައްތާލުމަށް އިލެކްޓްރިކް އާލާތެއް އުފައްދަނީ ނޫން ބާވައެވެ. އޭސީސީއާއި ސްޓެލްކޯ ފަހުމުނާމާ ހަދައިގެން ކުރާކަށް އެހެން ކަމެއް ނުއޮންނާނެއެވެ. 

    ފަހަރަކު ތަނަކާއެކު އޭސީސީން ރާގުރާގަށް ހާސަރު ދަމާފައި ލިޔުމެއްލިޔެ ސޮއިކޮށް ފޮޓޯ ނަގާ އާއްމުކުރުމަކުން ކޮރަޕްޝަނެއް ނުހުއްޓެއެވެ. މަދެއްވެސް ނުވެއެވެ. އެއްދުވަހުން އަނެއް ދުވަހަށް ރާއްޖޭގައި ހާއްސަކޮށް ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަންގެ މޫލާ ދަނީ ފުޅާވެ ފެތުރެމުންނެވެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އެންމެ އާދައިގެ މުއައްޒިފާ ހަމައަށް މުޅި ދައުލަތްވަނީ ކޮރަޕްޝަނުން ތަތްތެޅިފައެވެ.

    ވާނީ އެހެންތާއެވެ. ހިނގަ ހިނގާ އޮންނަ ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތައް ދެނެގަނެ ފިޔަވަޅު އަޅަން އޭސީސީ ނުކުޅެދެއެވެ. ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށް ހިނގަ ހިނގާ އޮންނަ ސަރުކާރުން ހިންގާ ކޮރަޕްޝަނަށް ދީގެން ތިބެނީ ބީރު ކަންފަތެކެވެ. ބަލަނީ ކަނު ލޮލަކުންނެވެ. ބަސް ބުނަން ތިބެނީ މަންމަން ވެފައެވެ. 

    ގެއްލިދާނެ ވަޒީފާއަކަށް ނުބަލާ ހިނގަހިނގާ އޮތް ސަރުކާރުގެ ކުޑަވެސް މައްސަލައެއް އޭސީސިއަށް ބެލޭނެ ކަމަށް ގަބޫލުކުރާ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަމިއްލައަށް އިސްނަގައިގެން މައްސަލައެއް ނުބަލާތާ މީހަކު ހުށަހަޅާ މައްސަލައެއް ވެސް އިންސާފުވެރިކަމާއެކު އޭސީސީން ބަލަނީއެއް ނޫނެވެ. އޭސީސީ މިހާރު ބައްޓަން ވެފައި އޮތީ ސަރުކާރުން ބުނާ މައްސަލައެއް ނޫނީ ނުބަލާގޮތަށޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ.

    ވެރިކަމެއް ވެއްޓޭއިރަށް ކުރީ ސަރުކާރުގެ ފަތިފުށް ހާވާ ސިޔާސީ ގޮތުން ބަދަލުހިފަން މަގުކޮށާދޭ ތަނެއްގެ ގޮތުގައި ނޫނީ އެސީސީ މަސައްކަތެއް ނުކުރެއެވެ. އެކަމުގައިވެސް އެއްވެސް އިހުލާސްތެރިކަމެއް ނޯވެއެވެ. ދައުލަތުން ގެއްލިފައިވާ ފައިސާއެއް ހޯދައެއް ނުދެވެއެވެ. ދައުލަތުގެ ފައިސާ ގެއްލޭ ދޮރުތައް ބަންދެއް ނުކުރެވެއެވެ. އެއިރަކު އޮންނަ ސަރުކާރުން ސިޔާސީ ގޮތުން ކަތިލަން ބޭނުންވާ މީހުން ކަތިލަން ބޭނުންކުރާ ހަންޖަރަކަށް ނޫނީ އޭސީސީވެފައެއް ނެތެވެ. 

    ]]>
    Tue, 04 Aug 2026 13:31:05 +0500 މުއާޒު
    ސިސްޓަމްގެ އިންސާފުވެރިކަމާމެދު ފިރާގު ސުވާލު އުފައްދަވައިފި! https://heerasnews.com/4472 https://heerasnews.com/4472 މާލޭގެ ބިންވެރި ފޯރުންތެރިންގެ ކަންކަން ހުންނަ ގޮތާމެދު ވިޔަފާރިވެރިއަކު ރާއްޖެ ހިނގާ ސިސްޓަމާމެދު ބޮޑުު ސުވާލެއް އުފައްދަވައިފިއެވެ. ރާއްޖޭގައި މިހާރު އޮތް ސިސްޓަމާމެދު އިނަރ މޯލްޑިވްސް ފިރާގު ކުރައްވަނީ ކުރައްވަން ހައްގު ސުވާލެކެވެ.

    ފިރާގު ވިދާޅުވަނީ "މާލޭގައި ކުލީގެ އާމްދަނީ ލިބޭ ހަބުރި އިމާތާތެއް ހުރެފައި ހުޅުމާލޭގައި ދެ އެޕާޓްމަންޓެއް ގަނެ ކުޔައްދީފައި ، ދަރިންނާއެކު މެލޭޝިއާގައި އުޅުމުން ، އަދި ޓެކްސް ނުދައްކާ ވާނެ ހުރިހާ އިންތިޒާމެއް ހަމަ ޖައްސާފަ ، އަދިވެސް އާސަންދަ އާއި ސަރުކާރުގެ އެހެން ވެލްފެއާގެ ފައިދާ ލިބުމުން މި ސިސްޓަމުގެ އިންސާފުވެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދޭ" ކަމަށެވެ. ފިރާގު އެ ވިދާޅުވީ ވަރަށް ބޮޑު ތެދެކެވެ. 

    އެގޮތަށް ކަންކަން ހިނގަނީ ވަކި މީހެއްގެ މައްސަލައަކުން ނޫނެވެ. ދޯހަޅި އެ ހާލަތު ރާއްޖެއަށް ދިމާވެފައިވަނީ ރާއްޖޭގެ ނިޒާމްތަކުން އެގޮތްގޮތަށް ކަންކަން ވުމަށް ޖާގަ ދޭތީއެވެ. ހިހޫތަނުން ކަލަން ބޭނުން މީހުނަށް ބޭނުންވަރަކަށް ކެވެން އޮންނާތީއެވެ.

    ފިރާގު ވިދާޅުވާހެން ސަރުކާރުގެ އެހީތެރިކަން އަމާޒުވާން ޖެހޭނީ ހަގީގަތުގައި އެހީތެރިކަން ބޭނުންވާ މީހުންނަށެވެ. ދައުލަތުގެ ތަނަވަސް ކަމުގެ ފައިދާ ވަކިބަޔަކަށް ނެގޭގޮތަށް އޮންނަ އޮތުން ބަދަލުކުރުމުގެ ވިސްނުމަކީ ސިޔާސަތު ކަނޑައަޅާ ހިންގާ މީހުންނާ ވަރަށް ބީރައްޓެހި ކަމެކެވެ.

    މާލީ ގޮތުން ތަނަވަސް ފަރުދުންނަށް އާންމު ފައިސާގެ ފައިދާ ލިބެމުންދާއިރު، ހަގީގަތުގައި ސަޕޯޓް ބޭނުންވާ އެހެން މީހުންނަށް ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ދަތިކަމެއްތޯ ފިރާގު ސުވާލު އުފައްދަވާހެން ތަނަވަސްކަމުގެ ގިނަ އަހުލުވެރިން އެފަދަ ކަމަކާ ވިސްނަންވެސް ބޭނުމެއް ނުވެއެވެ. އޮތްބަޅަށް ދީލާލައިގެން ތިބުން އެމީހުނަށް ބޮލަށްފަސޭހަވެފައި ފައިދާބޮޑީއެވެ. 

    ހައިރާންވާ ކަމަކީ ދޮރުން ދޮރަށް ހިނގައިގެން މަތިމައްޗަށް ވައުދުވެގެން ވެރިކަމަށް އަންނަ އެއްވެސް ބަޔަކަށް ހަގީގީ މަންޒަރު ނުފެންނަ ވަރަށް ކަނުވެފައި ތިބުމެވެ. ހަގީގަތަކީ މަންޒަރު އެ މީހުނަށް ނުފެނުމެއް ނޫނެވެ. ފެންނަކަމަށް ނުހެދުމެވެ. ފަސް އަހަރުން ފަސް އަހަރުން ބަޔަކާ ވެރިކަން ހަވާލުކޮށްފައި ދަވާލެވުނު ގޮތަކަށް ދައުލަތް ދަވާލާށޭ ރައްޔިތުން ބުނާކަހަލައެވެ. 

    ]]>
    Mon, 03 Aug 2026 19:41:38 +0500 މުއާޒު
    ވެރިކަމުގެ ހަޔާތުން ދައުރެއް ވާނުވާގައި https://heerasnews.com/4471 https://heerasnews.com/4471 މުއްތޮލިބެއް ކަމަކު އިގްތިސޯދީ ދަތިކަމުގެ ވާހަކަ މިހާރު ނުދައްކާށެވެ. އިގުތިސޯދީ ހާލަތު ހުރިގޮތުން ކަންކަން ކުރަން ދަތިކަމަށް މިހާރު މުއްތޮލިބު ބުންޏަޔަސް ރައީސް މުއިއްޒުގެ ބަހާ އަމަލު ހުންނަނީ އިގްތިސޯދި ދަތިކަމެއް އޮތް ބީދައަކުން ނޫނެވެ. ދައުރު ދެބައިވެ ކެތި ބޯދަށަށް ޖެހީމާ އިގްތިސޯދީ ދަތިކަމާހުރެ ކަންކަން ނުވަނީއޭ ބުނެ މުއްތަލިބުވެސް ބަހަނާ ދައްކަނީ ކަމުން ރެކޭށެވެ. 

    އަޖައިބެއް ނުވާނެހެއްޔެވެ. ތިޔަ ވެރިކަމަކީ ކުރިން ތިޔަކަން ކުރި ބަޔަކު ނުވާނެޔޭ ކިޔައިގެން ރޮއި އާދޭސްކޮށްގެން މުއިއްޒު ބޮލުގައި އެޅުވި ކަމެއްނޫނެވެ. އެ މީހުންނަށް ވުރެ މާ ރަނގަޅަށް މާ މޮޅަށް ކޮށްދޭނަމޭ ކިޔައިގެން ފަހަތުން ހިނގާ އާދޭސްކޮށް ވެއްޓި ފުރޮޅިގެން ހޯދި ކަމެއް ނޫންހެއްޔެވެ. 

    އެމްޑީޕީ ކޮންމެވެސް އެއްގޮތަކަށް ވާހަކަދައްކާށޭ މުއްތަލިބު ބުނާއިރު ގައުމުގެ ހާލަތާމެދު ކަންބޮޑުވަންޏާ އެމްޑީޕީގެ ޗެއަރޕާސަން ނޫނަސް އެހެން މީހުންނަށް ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުން މެދުކަނޑާލަން ގޮވާ ލެވޭނެއެވެ. އޭގެ މާނައަކީ ބޮޑެތި ހަރަދުކޮށްގެން ކުރިއަށް ގެންދަން ފަށާފައިވާ މަސައްކަތްތައް ހުއްޓާލާށޭ ބުނުމެއްނޫނެވެ. ފަށަން ބުނެ ނުފަށާހުރި ކަންކަމާއި އަލަށް ބޮޑެތި މަޝްރޫއުތައް އިގްތިސޯދު ހަމަމަގަށް އެޅެންދެން ފެށުން މަޑު ޖައްސާލާ ވާހަކައެވެ. 

    ވެރިކަމާ ހަވާލުވީއިރު މާލެ ސަރަހައްދުން ގޯތި ދޭން ނުހިއްކި އޮތް 600 ގޯތި ހިއްކާ އެސަރަހައްދުގައި މީހުން އާބާދުކުރަން ކުރަން ހުރި ކަންކަން ނުކޮށް ބަހައްޓާފާ ފެށީ ފުށި ދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ހަދާށެވެ. ބުނި ގޮތަށް އެކަމެއްވެސް ވީއެއްނޫނެވެ. ރަސްމާލެ ތަރައްގީ ކުރުން މިއަދު އެއޮތީ ރާއްޖޭގެ އިގްތިސޯދަށް ޖެހުނު އެއިޑްސްއަށް ވެފައެވެ.  

    އިގްތިސޯދީ ގޮތުން ގޯސްކޮށް އޮތްކަމަށް ބުނާ ސަރުކާރަކާ ހަވާލުވެ ފެނާ ނަރުދަމާއާއި ކަރަންޓް ފަދަ އަސާސީ މަޝްރޫއުތައް ރަށްރަށުގައި ފަށާފައި ހުއްޓާ އެކަންކަން ނިންމަން ނޫޅެ މުއިއްޒު ދިމާކުރީ އެހެން ކަންކަން ކުރާށެވެ. އެކަންކަން ނިންމަން ނޫޅެ ދިމާކުރީ އަލަށް ބޮޑެތި ބިޔަ މަޝްރޫއުތައް ހިންގާށެވެ. ނަތީޖާއަކަށްވީ ދެ ކަމުންކުރެ އެއް ކަމެއްނުވެ ރިހޭފައި މައްޗަށް ފޮއިވެއްޓުމެވެ. 

    ކުރިމަތީގައި ބިލިޔަނުން ދައްކަން ބޮޑު ދަރަނިތައް ހުއްޓާ އެކަން ނުކޮށް އެތައް ސަތޭކަ މިލިޔަން ޑޮލަރު ހޭދަކޮށްލައިގެން ޑްރޯނާއި އަސްކަރީ ހަތިޔާރު ގަތުން މުއިއްޒަށް މާ މުހިންމު ކަމަކަށްވީއެވެ. އެމްބަސީތަކަށް މީހުން އަޅާފުރައިގެން އެމީހުނަށް ޑޮލަރުން މުސާރާއާއި އިނާޔަތްދިނުމުގެ މުހިންމުކަން މުއިއްޒަށް ބޮޑުވިއެވެ. ބޮޑެތި ފައުޖުތައް ހަދައިގެން ދުނިޔެ ބަލައިލަން ދުއްވާ އެތައް މިލިޔަން ޑޮލަރެއް ތަޅާލުން މުއިއްޒަށް ވަރަށް ފަސޭހަ ކަމަކަށްވިއެވެ. 

    އެތައް ހާސް ސިޔާސީ މީހުން ލައިގެން އަތްގުޅި ނުކާވަރުގެ މުސާރަ ދިނުން ރައްޔިތުންނަށް އަސާސީ ހިދުމަތް ދިނުމަށްވުރެ އިސްކަމަކަށް މުއިއްޒަށް ވިއެވެ. ފަންސަވީހަކަށް ވުޒާރާ ހަދައިގެން ހިންގުމުގެ ހަރަދު ބޮޑުކޮށް ޅެމުން ފަރުވާދިނުން ވެސް އާސަންދަ ފަހިކޮށް ދިނުމަށްވުރެ މުއިއްޒަށް ބޭނުންތެރިވިއެވެ. 

    ދައުލަތް ހިންގުމުގައި އެލްބޯޑު އަޅުވައިގެން އުނބަށް ޖަހަމުން ބައިސާ ކަނޑަމުން މުއިއްޒު ދާއިރު އިގްތިސޯދީ ދަތިކަމެއް އޮތްހެންވެސް ހީނުވެއެވެ. ހަމަތެދެކެވެ. ވެރިކަމުގެ ހަޔާތުގެ ދައުރެއް ދިވެހިންނަށް ހުސްވެ މިދަނީ ވާނުވާގައެވެ. 

    ]]>
    Mon, 03 Aug 2026 16:10:30 +0500 މުއާޒު
    އެމްޑީޕީގެ ވިސްނުން ދެކަފި | ޒިންމާދާރު އިދިކޮޅެއް ނެތް: މުއިއްޒު https://heerasnews.com/4465 https://heerasnews.com/4465 ޕާލް ރެސިޑެންސީ ވިސާ މައްސަލައިގައި އެމްޑީޕީގެ ވިސްނުން ދެކަފިވުމަކީ ރައީސް މުއިއްޒަށް ސިޔާސީ ގޮތުން ލިބޭ މޮޅެކެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިދިކޮޅު މައިޕާޓީއަށް ކުރާ އިތުބާރާއި އުންމީދަށް ލޮޅުންއަރާނެ ކަމެކެވެ. 

    ޕާލް ރެސިޑެންސް ޕްރޮގްރާމަކީ ރާއްޖޭގައި ބޮޑެތި އިންވެސްޓްކޮށްގެން ދިގު މުއްދަތަކަށް ރާއްޖޭގައި ބޭރު މީހުންް ދިރިއުޅެން ފުރުސަތުދޭ ވިސާ ޕްރޮގްރާމެކެވެ. ބޮޑެތި ތުހުމަތުތަކަކާއެކު ޕާލް ރެސިޑެންސީ ވިސާ ދިނުން ހުއްޓުވަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މަޖިލީހަށް ގަރާރެއް ވަނީ ހުށަހަޅާފައެވެ. ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރުގެ ބަހުސް ވެސް މަޖިލީހުގައި ވަނީ ފަށާފައެވެ. 

    އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ޕާލް ރެސިޑެންސީ ޕްރޮގްރާމާ ދެކޮޅަށް ހުށަހެޅި ގަރާރު ބުނާގޮތުން ރެސިޑެންސީ ޕްރޮގްރާމުން ދިވެހި ދައުލަތަށް ލިބޭނެ މާލީ މަންފާއެއް އެނގޭކަށް ނެތެވެ. ގައުމީ ސަލާމަތާއި ދައުލަތުގެ މާލީ ސިޔާދަތަށް ނުރައްކާވާނެ ފަދަ ސީރިއަސް ކަންތަކެއް ފާހަގަކުރެއެވެ. ޕާލް ރެސިޑެންސީ ޕްރޮގްރާމް ވަގުތުން މެދުކަނޑާލާ އެކަމާ ގުޅޭ އެއްބަސްވުން ހާމަކުރުމަށް ގަރާރުގައި ގޮވާލާފައިވެއެވެ. 

    އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ގަރާރުގައި ބުނަނީ ޕާލް ރެސިޑެންސީ ފަދަ މަޝްރޫއުތަކުން ދައުލަތުގެ ތެރޭގައި އިދާރީ އަދި ގާނޫނީ ބާރުތަކެއް ލިބިގެންވާ "ވަކި ދައުލަތެއް" އުފެދި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެކަމުގެ ބިރު އޮތްކަމަށެވެ.

    "ރާއްޖޭގެ ފަޅުތަކާއި ރަށްތަކެއްގެ މައްޗަށް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ޖީލަކަށް ވުރެ ދިގު މުއްދަތުގެ ބާރުވެރިކަން ދީ އެ ތަންތަނުގެ ދިރިއުޅުމުގެ ހައްގު ބައިނަލްއަގްވާމީ ބާޒާރުގައި ވިއްކުމަކީ ރައްޔިތުންގެ ނިންމުމާ ސީދާ ފުށުއަރާ ކަމެއް،" ކަމަށް ބުނެ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ ރެސިޑެންސީ ޕްރޮގާރްމަކީ ރާއްޖެ އަށް ނުހަނު ފައިދާވާނެ ޕްރޮގްރާމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އެއީ އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް ކަމަށް ނަޝީދު ވިދާޅުވެއެވެ. 

    އެއްކަމެއްގައި މުޅިން ތަފާތުކޮށް އެމްޑީޕީގެ ތެރޭގައި ވިސްނުން ހުރުމަކީ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ލިބޭނެ ކަމެކެވެ. އެމްޑީޕީގެ ޗެއަރޕާސަނާއި ޕީޖީ ގްރޫޕްގެ ވިސްނުން އުޑާ ބިމާހާ ތަފާތުވުމަކީ އެމްޑީޕީން ބައިކޮޅަށް ގޯލުޖެހުންނޫން ކަމަކަށް ނުވާނެއެވެ. ގައުމީ ބޮޑެތި މައްސަލަތަކުގައި އެމްޑީޕީގެ ހިޔާލު އެއްގޮތް ނުވުމަކީ ޒިންމާދާރު އިދިކޮޅެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވާ ވިދާޅުވުމަށް ލިބޭ ބާރެކެވެ.   

    ]]>
    Sat, 01 Aug 2026 20:07:03 +0500 މުއާޒު
    ޖުލައި26ގެ ރޯމަރު ދޮގު | މުއިއްޒާއި 9ވަނަ ހަސަނުގެ ފޯޅަވަހި https://heerasnews.com/4461 https://heerasnews.com/4461 މިނިވަން ދުވަހުގެ ރަސމީޖަލްސާގައި ޖުލައި 26 ދުވަހު ރައީސް މުއިއްޒު ފަތިފައްޗަށް ހެދި ދޮގުތަކުގެ ވާހަކަ އެތައް ބަޔަކު އެބަ ދައްކައެވެ. ތެދެއް ހެދެން އޮތަސް ދޮގެއްނޫނީ ނުހެދޭ މުއިއްޒު ދޮގުހަދަނީ މުއިއްޒު ބުނާހެންނެވެ. ނިތްކުރިއަށް ރުލެއްވެސް އަރުވާނުލާ އެތައް އިރެއްވަންދެން ފަރިތަކަމާއެކުގައެވެ. އަޑު އަހާ މީހުނަށް ތެދެކޭ ހީވާހާ މޮޅަށެވެ.

    ނަސްރާނީ ވެގެން ރާއްޖޭގެ ރަސްކަން ދޫކޮށް ގޯވާއަށް ދިޔަ ހަސަން ރަސްގެފާނަށް އިތުބާރުކޮށް ޗާގޯހަކީ ދިވެހި ރާއްޖޭގެ ތަނެއްކަމަށް ބުނި ފުރަތަމަ ދިވެހި ވެރިއަކީ މުއިއްޒެވެ. ހަސަން ރަސްގެފާނާއި މުއިއްޒާ ނޫނީ ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ވިދާޅުވި ރަސްކަލަކު ރައީސަކު ދިވެހި ދިގުތާރީހު ނުދެކެއެވެ. އެއްގޮތް ސިފަތަކެއް ލިބިފައި ކައިރީގައި އޮންނަ ކޮންމެ އެއްޗަކީ އަމިއްލަ އެއްޗަކަށް ވަންޏާ އަމިއްލަ ވާނެ އެއްގޮތް ލައްކަ އެއްޗެހި ހުންނާނެއެވެ. 

    ބަޔަކާ ފޯޅަވަހި ހަވާލުކުރަންޏާ ހަވާލުކުރަންޖެހޭ ރައިޓްފުލް އޯނަރަކީ ދިވެހި ރާއްޖެއަށް ވާންޖެހޭ ގޮތެއް ނެތެވެ. އެއްވެސް އިރަކު ފޯލަވައްސަކީ ރާއްޖޭގެ ބައެއްކަމަށް ދިވެހިން ގަބޫލުކުރިނަމަ ދިވެހިރާއްޖޭގެ ދިގުތާރީހުން އެކަން އެގެން އޮންނާނެއެވެ. ޗާގޯހަކީ ރާއްޖޭގެ ތަނެއްކަމަށް ބެލެވެން ނެތް ސަބަބުތައް މާގިނައެވެ. 

    ފުރަތަމަ ކަމަކީ މީލާދީން 1153ގައި ރާއްޖެ އިސްލާމް ވީއްސުރެ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. ރާއްޖެއަށް ނިސްބަތްވީ ހުރިހާ އަތޮޅަކާއި ރަށެއްގައި އޫޅެނީ މުސްލިމުންނެވެ. އެންމެ ކައިރިން މަލިކުގައިވެސް އުޅެނީ މުސްލިމުންނެވެ. އެހެނެއް ކަމަކު ޗާގޯހުން އިސްލާމް ދީނުގެ އަސަރުވެސް ފެންނަންނެތެވެ. ޗާގޯހުގެ ރައްވެހިންގެ ގޮތުގައި ފެންނަން ތިބި މީހުންގެ ތެރޭގައިވެސް މުސްލިމަކު ނެތެވެ. 

    ޗާގޯސް ހުސްކުރިއިރު ޗާގޯހުގެ ވަޒަންވެރިންގެ ގޮތުގައި ތިބި އެއްވެސް މީހަކު ރާއްޖެއަކަށް ނުގެނެއެވެ. އެއިން މީހަކު ރާއްޖެއަށް އަންނާކަށްވެސް ނޫޅެއެވެ. ކުރިއްސުރެ ޗާގޯހަކީ ރާއްޖޭގެ ބައެއްނަމަ އެތަނުން އިސްލާމު ދީނުގެ އަސަރު ފެންނަން ހުރީހެވެ. 

    މޮރިޝަސް އިން ޗާގޯހުގެ ސިޔާދަތީ ބާރު ހޯދަން ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރަމުން ދާކަން އެ ކަމެއް ފެށުނީއްސުރެ ދިވެހި ސަރުކާރަށާއި ދިވެހިންނަށް އެނގެއެވެ. ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް އެއްވެސް ވަރަކަށް ގަބޫލުކުރެވިފައި އޮތްނަމަ ރާއްޖޭގެ ވެރިކަން ކުރެއްވި ނާސިރާއި މައުމޫނާއި ނަޝީދާއި ޔާމީނާ އެކަން ނުކުރައްވައެއް ނުތިއްބެވީހެވެ. ރާއްޖޭން އަބަދުވެސް ދައްކަމުން އައީ އަޑީ ބެޑްގެ ވާހަކައާއި ކަނޑުގެ ވާހަކައެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަންޖެހޭނެ ވާހަކައެއް ކުރީގެ އެއްވެސް ސަރުކާރަކުން ނުދައްކައެވެ. 

    ކުރީގެ ވެރިން އެވާހަކަ ނުދައްކާ ތިބީ ތަންދޮރު ނޭނގިގެނެއް ނޫނެވެ. ހައްގުނޫން އެއްޗެއްގެ މައްޗަށް ވެރިވެ ގަނެގެން ފައިދާ ނަގަން ބޭނުން ނުވާތީއެވެ. އަނެއްކާ  ޗާގޯސްއަކީ ރާއްޖޭގެ ތަނަކަށް ވެއްޖެނަމަ ވެދާނެ މާދެރަ ގޮތެއް އެވެރިންނަށް ވިސްނެނީތާއެވެ.

    ޗާގޯހުގެ ސިޔާދަތުގެ ތެރޭގައި ހިމެނޭނީ ހަމައެކަނި ޗާގޯހަށް ނިސްބަތްވާ ސަރަހައްދާއި އެސަރަހައްދުގެ ބިމާއި ކަނޑާއި ޖައްވާ އެސަރަހަރުގައި ހިމެނޭ ތަކެއްޗެއް އެކަންޏެއް ނޫނެވެ. ޗާގޯހުގެ ހަގީގީ ރަށްވެހިންވެސް ޗާގޯހުގެ ސިޔާދަތުގެ ތެރޭގައި ހިމެނޭނެއެވެ. އެހެން އެކަން އޮތްއިރު ޗާގޯހަކީ ރާއްޖޭގެ ސިޔާދަތުގެ ބަޔަކަށް ވެއްޖެނަމަ އެއްހާސް އަހަރުވާންދާ ރާއްޖޭގެ އިސްލާމްކަން ވެސް ގެއްލިގެން ދާނެއެވެ. އިސްލާމް ދީނަކީ ދިވެހި ގައުމިއްޔަތުގެ އެއްރުކުނެވެ. 

    ނަސޯރާއިންނަށް ނިސްބަތްވާ ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް ބުނެފައިއޮތީ އިސްލާމް ދީން ދޫކޮށް ތިމާ ނަސޯރާވެގެން ރާއްޖެ ނަސޯރާ ކުރަން އުޅުނު 9 ވަނަ ހަސަން ރަސްގެފާނެވެ. ޗާގޯސްއަކީ، ރާއްޖޭގެ ބައެއްކަމަށް މިހާރު ބުނަމުން އެދަނީ އެލްޖީބީޓީކިޔު+ އެއްބަސްވުމުގައި ސޮއިކޮގެން ހުރެ ޓައުންޝިޕްގެ ނަމުގައި ބިދޭންސިން ރާއްޖޭގެ ރައްވެހިންނަށް ހަދަން އުޅޭ މުއިއްޒެވެ. ޗާގޯސް ރާއްޖޭގެ ބަޔަކަށް ވުމުގެ އާހިރު ނަތީޖާއަކީ ރާއްޖޭގެ ސައްތައިންސައްތަ އިސްލާމް ވަންތަކަން ނެތިދިޔުމެވެ. ގައުމީ ރޫހުގައި ގައުމަށްޓަކައި މުއިއްޒު ކުރާކަމެކޭ ބުނެ އެހަދަނީ ރޯމަރު ދޮގެވެ.

    ]]>
    Sat, 01 Aug 2026 08:56:46 +0500 މުއާޒު
    26ގައި ފަށްފަށްކުރި މުއިއްޒުގެ ރޯމަރުދޮގު: ކަނޑު ވިއްކާލުން https://heerasnews.com/4457 https://heerasnews.com/4457 ރައީސް މުއއިްޒު ހުއްޓާނުލާ އެމްޑީޕީގެ ބޮލުގައި ދޮގު ތުހުމަތުތަކެއް ދަނީ އަޅުވަމުންނެވެ. ހާއްސަކޮށް ރާއްޖޭގެ ސިޔާދަތާ ގުޅުވައިގެން ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ދައްކާ ދަނީ ފަތުރަމުންނެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ރައީސް މުއިއްޒު އެކަންވަނީ ތަކުރާރުކޮށްފައެވެ.

    އެމް.ޑީ.ޕީ ސަރުކާރުން ގައިރު ގާނޫނީގޮތުގައި، ވަރަށް ފިނޑި ގޮތެއްގައި، ވަރަށް ނޭއްގާނި ގޮތެއްގައި، ރާއްޖޭގެ ކަނޑުން ބޮޑުބައެއް ސިއްރުސިއްރުން ދޫކޮށްލިކަމަށް ވަނީ ބުނެފައެވެ. އެއްވެސް ހަގީގަތެއް ނެތް ރޯމަރު ދޮގެއް ކިތަންމެ ވަރަކަށް ތަކުރާރު ކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެއެވެ. 

    ތަކުރާރުކޮށް އެ ދައްކަނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު މޮރިޝަސްއާއި ފުށު އަރައިގެން އިޓްލޮސް އިން ހާއްސަ އިގުތިސާދީ ސަރަހައްދު ބައިކުރި ބައިކުރުމުގެ ވާހަކައެވެ. ޗާގޯސް ކަނޑު ބައިކުރިއްޔަކީ އެއްވެސް އިރަކު ރާއްޖޭން އެދިގެނެއް ނޫނެވެ. ބޭނުންވެގެނެއްވެސް ނޫނެވެ. އިޓްލޮސްއަށް މައްސަލަ އުފުލީ މޮރިޝަސް އިންނެވެ. މޮރިޝަސްގެ ދައުވާއަށް ރާއްޖޭން ތަކުރާރުކޮށް ދެކޮޅުހެދިއެވެ. މޮރިޝަސްގެ ހައްގެއް ޗާގޯސް ކަނޑަށް ނެތްކަމަށް ރައީސް ސޯލިހު ސަރުކާރުން އަޑުހަރުކޮށް ވަކާލާތުކުރުމުން އިޓްލޮސްއިން އެ މައްސަލަ ޕާކްކުރިއެވެ. އެއީ މިހާރުވެސް ފެންނަން އޮތް ހަގީގަތެކެވެ. 

    އިޓްލޮސް އިން އެ މައްސަލަ އަލުން ބަލަން ފެށީވެސް ރާއްޖޭން ކުރި ކަމަކުން ނޫނެވެ. އިޓްލޮސްއިން އެ މައްސަލައިގެ ޝަރީއަތް ހިންގަން ނިންމީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމުގެ އިސްތިޝާރީ ލަފައެއް ލިބި އދ ގެ އާއްމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށް ނިންމުމުން މޮރިޝަސް އިން އެކަމަށް އެދުމުންނެވެ. އެހެން އެކަން އޮތުމުން ރާއްޖޭން ޖަވާބުދާރީ ވިޔަސް ނުވިޔަސް ފުށުއެރުމުގެ މައްސަލަ ބަލާ ޗާގޯސް ކަނޑު ހަމަޔަށް ދެބައި ކުރާނެކަމީ ޝައްކެއް ނެތްކަމެކެވެ.

    އެ ހާލަތުގައި ރާއްޖެއަށް އެންމެ ފައިދާ ބޮޑީ ޖަވާބު ދާރީވެ ކަނޑުން ލިބެން އޮތް އެންމެ ބޮޑު މިންވަރެއް ހޯދުމެވެ. ރައީސް ސޯލިހު ސަރުކާރުން ކުރީ އެ މަސައްކަތެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ޗާގޯސް ކަނޑުބައިކޮށްގެން ލިބުނު ބައި ބޮޑެވެ.

    މިހާ ސާފުކޮށް އޮތްކަމެއްގައި ކަނޑުން ބައެއް ދޫކޮށްލީއޭ، ކަނޑުން ބައެއް ވިއްކާލީއޭ ކިޔައިގެން ދައްކަނީ ފިތުނަވެރި ވާހަކައެވެ. ސިއްރު ސިޓީއަކުން ކަނޑުން ބައެއް ދޫކޮށްލީއޭ ބުނެ ބުހުތާން ދޮގު މުއިއްޒު ހަދާއިރު އެބުނާ ސިޓީއެއްގައި ކަނޑާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނެތްކަން އެންމެނަށް ވެސް އެނގެއެވެ. ކިތަންމެ ބޮޑު އޮފީހެއް ހަދައިގެން ކޮންމެ ބަޔަކުލައިގެން ކަމިޝަން ހަދާ ތަހުގީގު ކުރިޔަސް އިޓްލޮސްގެ ނިންމުން އަނބުރާލާ އެމްޑީޕީ ސަރުކާރުގެ އަދުލުވެރި މަސައްކަތް ފޮރޮޅާލެވޭ ވަރުގެ ނަތީޖާއެއް ނުނެރެވޭނެއެވެ. ދައުލަތުގެ ވަގުތާއި ފައިސާ ބޭކާރުކޮށްލުން ނޫން ކަމެއް ނުވާވަރަށް ރައީސް ސޯލިހު ސަރުކާރުގެ އިހުލާސްތެރި " މޯލްޑިވްސް ފަސްޓް" ސިޔާސަތާއި، ގައުމީ މަސައްކަތާއި، އިޓްލޮސްގެ ނިންމުމުގައި ކަންކަން ހިނގާފައިވާ ގޮތް އިންސާފުވެރިއެވެ. 

    ]]>
    Thu, 30 Jul 2026 22:00:16 +0500 މުއާޒު
    މުއިއްޒު ސްޕީޑް އޮމަދޫ ގޮނޑުދޮށުން https://heerasnews.com/4450 https://heerasnews.com/4450 ވެރިކަމަށް މީހުން އިސްކުރަނީ ކުރީ ސަރުކާރަށް ޖެއްސުމަށް ރައްޔިތުންނާއި ރަށްރަށް ދެމިއޮތުމަށް ކުރަންޖެހޭ ކަންކަން ނުކޮށް ލަސްކޮށް ފަސްކުރާކަށް ނޫނެވެ. ރަށްގިރުން ހައްލުކުރުން ލަސްކޮށް ފަސްކުރުމަކީ ތިމާވެއްޓަށާއި މާލިއްޔަތަށް ގަސްދުގައިދޭ ބޮޑުގެއްލުމެކެވެ. ކަނޑައެޅިގެންވާ ހިޔާނާތެކެވެ. 

    ރަށްގިރުމަކީ ކުޑަކުޑަކަމެއް ނޫނެވެ. ރަށްގިރުން ހައްލުކުރުމަށް ދޭންޖެހޭ ސަމާލުކަން ދިނުމަކީ ސަރުކާރަށް މަޖުބޫރު ކަމެކެވެ. އެހެން ނަމަވެސް ރައީސް މުއިއްޒަށް އެއްވެސް ކަމަކީ އެއްވެސް ކަމެއްނޫނެވެ. ސިޔާސީ ޖަދަލުކުރުމާއި ބަދަލުހިފުން އިސްކޮށް ގައުމަށް ބޮޑެތި ގެއްލުންތައް ގަސްދުގައި ދިނުމަކީ މުއިއްޒަށް އޮތް ހައްގެއް ނޫނެވެ. 

    ރައީސް މުއިއްޒަކީ ކަމަށް ކަމޭ ހިތާ މީހެއްނަމަ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ސަރުކާރުން ހަވާލުވެ ސޮއިކޮށްފައި އޮތް ކަމެއް އެ މުއްދަތުގެ ތެރޭގައި ނިންމާނެއެވެ. ކުރިއަށް ގެންދެވެން ނެތްކަމެއްނަމަ މަގުބޫލު ސަބަބެއް ދައްކާ އެކަމަކަށް އެހެން ހައްލެއް ހޯދާނެއެވެ. ކުރީ ސަރުކާރުން ކުރަން ހަވާލުވެފައި އޮތް ކަމަކަށްވީތީ ރަށްރަށް ދިރި ދެމިއޮތުމާ ގުޅުންހުރި ކަންކަން ގަސްދުގައި ލަސްކޮށް ފަސް ކުރުމަކީ ގައުމަށްދޭ ބޮޑުގެއްލުމެކެވެ. 

    ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ކުރީ ސަރުކާރުން ވަނީ ރަށްގިރުމުގެ މައްސަލަ ބޮޑު އެތައް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކޮށްދީފައެވެ. އެތައް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާވެސް ހަވާލުކޮށްފައިވެއެވެ. ގިނަ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެހެން ނަމަވެސް މުއިއްޒު ވެރިކަމާ ހަވާލުވީ ގޮތަށް އެހުރިހާ މަސައްކަތެއްހެން ނުކޮށް އޮތީ ބާއްވާފައެވެ.

    އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ އެގޮތުން އެމްޓީސީސީން ކުރަން ހަވާލުކުރެވިފައި މަސައްކަތެކެވެ. އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 10 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެމްޓީސީސީން ކުރަން ހަވާލުވީ އެ ރަށުގެ ހުޅަނގު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑުހިލައިގެ ގްރޮއިން ތަކެއް ޖެހުމަށާއި އެ ރަށުގެ ދެކުނުފަރާތާއި ހުޅަނގު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ޖިއޯ-ބޭގް ރިވެޓްމެންޓް ޖެހުމަށެވެ. 

    އދ. އޮމަދޫ ގޮނޑުދޮށް 180 ދުވަހުގެ ތެރޭގައި ހިމާޔަތްކުރަން އެމްޓީސީސީން ހަވާލުވިތާ 90 ދުވަސްތެރޭގައި ރައީސް ސޯލިހުގެ ވެރިކަން ނިމިއްޖެއެވެ. މުއްދަތަށް މަސައްކަތް ނިންމަން މުއިއްޒަށް ވެސް 90 ދުވަސް އޮތެވެ. އެކަމަކު މުއިއްޒުގެ ވެރިކަމަށް 900 ދުވަސް ވެގެން ދިޔައިރުވެސް އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުނު ކަމަކަށްނުވިއެވެ. އިއްޔެއާއި ހަމައަށް އައިރު އެމަސައްކަތުން ނިންމުނީ %86 އޭ ބުނަން މި ސަރުކާރު ލަދެއް ނުގަތެވެ. އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުން މުއިއްޒުގެ ސްޕީޑް އެބަފެނެއެވެ. 

    މުއިއްޒުގެ ވެރިކަމަށް 900 ދުވަސް ވެގެން ދިޔައިރުވެސް ކުރިއަށްނުކަނޑާ ވާނުވާގައި ކުރީ ސަރުކާރުން ފަށާފައިވާ އެތައް ސަތޭކަ ޕޮރޮޖެކްޓެއް ރާއްޖޭގެ ކަންކޮޅުގައި އެބައޮތެވެ. އަނެއްކޮޅުން މުއިއްޒު އަލަށްފެށި ޕްރޮޖެކްޓްތައް ވެސް ހުރީ ގަލުއަޅާފައެވެ. މަޑުގިނީގައިވެސް ހިނގަނީ މަދު ދެތިންކަމެކެވެ. އޭޓީއެމް ބެހެއްޓުން ކަހަލަ 500 އަށް ވުރެ ގިނަ މަޝްރޫއު ނިންމިގެން ވާޅުވަންދެން އަތްޖަހަންޏާ ޖަހަންވީއެވެ. 

    ]]>
    Wed, 29 Jul 2026 10:09:39 +0500 މުއާޒު
    އެސްއީޒެޑްއަކީ އަތޮޅުތަކުގެ އެތެރެވަރީގެ ފަޅުތަކެއް ނޫން https://heerasnews.com/4449 https://heerasnews.com/4449 ކުރިއެރުމަށްޓަކައި ހުޅުވާލެވިފައިވާ އިގްތިސާދެއް ވަރަށް މުހިންމެވެ. ކުރިއެރުމަށްޓަކާ އިގުތިސާދު ހުޅުވާލުމުން ކުރެވޭ އިންވެސްޓްމަންޓްތަކުގެ ފައިދާ ގައުމަށާއި ރައްޔިތުންނަށް ހަމަހަމަކަމާއެކު ސީދާ ލިބޭނެކަން ކަށަވަރު ކުރަންޖެހެއެވެ.

    އިގްތިޞާދު ހުޅުވާލާއިރު ހާމަކަން ބޮޑު ދެފުށް ފެންނަ ސާފު ސިޔާސަތުތަކާއި، ބައުހެދިފައިނެތް ހުރިހާ ފަރާތެއްގެ ހައްގުތައް ރައްކާތެރިކޮށްދޭ ވަށާޖެހޭ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހެއެވެ. ހަރުދަނާ ބެލެހެއްޓުމުގެ ނިޒާމެއް އޮންނަންޖެހެއެވެ.

    އެކަށީގެންވާ ކޮންޓްރޯލްތަކެއް ނެތި ބޭރުގެ އިންވެސްޓްމަންޓްތަކެއް ގެނައުމަކީ ނުރައްކާތެރިކަމެކެވެ. ދެކޮޅު ނުޖެހިގެން ފައިސާ ހޯދަން ކަމަށްވިޔަސް ނުވަތަ ވަގުތީ އެހެން ފައިދާއަކަށްޓަކާ ކަމަށްވިޔަސް ހަމައެއް ލަމައެއްނެތި އިގުތިސޯދު ހުޅުވާލުމަކީ ލިބިގަންނަ އަނިޔާއެކެވެ. ރީތިނަމަކާއި ހުވަފެނީ އަދަދުތަކަކުން ދައްކާލާ ތަސައްވަރަށް ހެއްލި ގެއްލުމަކީ ވެވޭ ބޮޑު ހިޔާނާތެކެވެ. 

    މުއިއްޒު ވެރިކަމަށް އެރިފަހުން ރާއްޖެއަށް ގެނައިކަމަށް އަޑުއެރުވި އިންވެސްޓްމެންޓްގެ އަދަދެއް ނޭގެއެވެ. ގައުމެއްގެ ސަރުކާރަކުން ނުވަތަ ދުނިޔޭގެ މާލީ އިދާރާއަކުން ކޮށްދޭ ކަމެއްނޫނީ ފެންހިފޭ އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. އެމްއޯޔޫތަކާއި އެގްރިމަންޓްތައް ހެދި ކަރުދާހު ކުންފުނިތަކާއި ސްކޭމަރުންގެ އަވާގައިޖެހި މަނީ ލޯންޑަރކޮށްގެން ގައުމުގައި ފައިސާ އަނބުރަން ކުރެވުނު ކަމަކުން އިނދަޖެހުން ނޫން ކަމެއް ވެފައެއް ނެތެވެ. 

    ފާޑުފާޑުގެ ފިނޭންޝަލް ސެންޓަރުތަކާއި ހަބްތަކާއި މޯލުތަކާއި އިންވެސްޓް ބެންކްތަކާއި ޑިވްލޮޕްމެންޓް ބޭންކްތަކާއި އެކޯސިޓީއާއި ފްލޯޓިން ޓާމިނަލާއި މޮނޯ ރޭލާއި އަންޑަވޯޓަރ ޓަނަލް ވީތަނެއްވެސް ނޭނގެއެވެ. ގެނައި ބަންކަރިންއެއްގެ ދަށުވެ އެސްޓީއޯ ހުލިވެ އަވަދިވަނީއެވެ. 

    މާތް ކަލާކޯއެވެ. ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް)އަކީ ރާއްޖޭގެ އާޕިލަޖިކަލް ބޭސްލައިނުގެ ބާރަ މޭލު ބޭރަށް 200 މޭލަށް ފުޅާކޮށް އެއޮތް ބޭރުކަޑެވެ. އަތޮޅުތަކުގެ އެތެރެވަރީގެ ފަޅުތަކެއް ނޫނެވެ. އީއީޒެޑްގެ ގާނޫނުގެ ހިޔަނީގައި ރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ޓައުންޝިޕް ހަދައިގެން ރާއްޖޭގެ ސިޔާދަތަށް ހަރާންކޯރުވަން މުއިއްޒެއް ކަމަކު ނޫޅޭށެވެ. ރާއްޖޭގެ ސިޔާސީ ސަރަހައްދުން ބޭރުގައި އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް)ގައި ހަދާނެ ވަރަކަށް ޓައުންޝިޕް ހަދައިގެން ފައިސާ އެތެރެކޮށް ބަލާށެވެ.

    އަތޮޅުތަކުގެ ފަޅުތަކުގައި ޓައުން ޝީޕް ހަދައިގެން ބޭރުމީހުންނަށް ރަށްވެހިކަން ދީގެން ރާއްޖޭގައި އޮތް ސައްތައިން ސައްތަ އިސްލާމް ވަންތަކަމާއި ދިވެހިންގެ ދިވެހި ވަންތަކަން ދުއްވާލަން ނޫޅޭށެވެ. ރައްޔިތުންނަށް ލިބޭނެ މުއްސަދިކަމާއި ފައިސާގެ ހުވަފެން ދައްކައިގެން ސަމޯއާ އެގްރިމަންޓް ތަންފީޒުކުރަން ނޫޅޭށެވެ.

    ]]>
    Tue, 28 Jul 2026 22:00:44 +0500 މުއާޒު
    ގެއްލިގެންދާ 117.5 މިލިއަން ޑޮލަރަކީ ރައްޔިތުންގެ ހައްގު: ފިރާގު https://heerasnews.com/4447 https://heerasnews.com/4447 މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ކުއްޔަށް ދޫކޮށްފައިވާ ގދ. މަގުއްދުވާގެ ހެޑްލީސް، އެ ރަށުގައި ރިސޯޓު ހިންގަމުން އަންނަ ތުރުކީގެ އަހްމެޓް އައިޑެނިޒް ކުންފުންޏަށް ވިއްކާލަން އުޅޭތީ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަން ފަށައިފިއެވެ. އެގޮތުން އެކަމާމެދު ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއް ކަމުގައިވާ މުހައްމަދު ފިރާގު ( އިނަރ މޯލްޑިވްސް ފިރާގު) ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

    އިނަރ މޯލްޑިވްސްއާއި އޭސް ޓްރެވަލްގެ ސީއީއޯ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސީޝެލްސްގެ ކައުންސިލޭޓް މުހައްމަދު ފިރާގު ވަނީ ކަންބޮޑުވުން ފާޅުކުރައްވާ އެބޭފުޅާގެ ރަސްމީ އެސްކްސް އެކައުންޓްގައި މިއަދު ޕޯސްޓެއް ކުރައްވާފައެވެ.  

    މިލްކިއްޔާތުގެ ބާޒާރީއަގު ގާތްގަނޑަކަށް 119 މިލިއަން އެމެރިކާ ޑޮލަރަށް އަރަންޏާ މިހާރު އޮތް ކުލީގެ އެއްބަސްވުމުގެ މުއްދަތު 2030 ވަނަ އަހަރާ ހަމައަށް އޮއްވައި، އެންމެ 1.5 މިލިއަން އެމެރިކާ ޑޮލަރަށް މިހާރުގެ މެނޭޖްމަންޓަށް މިލްކުވެރިކަން ބަދަލުކުރެވިދާނެ ކަމަށް ގަބޫލުކުރަން ދަތިކަމަށް މުހައްމަދު ފިރާގު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

    ފާޅުކަން ބޮޑު ވިޔަފާރީގެ އުސޫލުތަކުގެ ބަދަލުގައި، ނުފޫޒުގެ ބޭނުންކޮށްގެން ނުވަތަ ވަކި ބަޔަކަށް ދޭ އިނާޔަތެއްގެ ގޮތުގައި މިފަދަ ބަދަލެއް ގެނެސްފިނަމަ، ރައްޔިތުންގެ މަސްލަހަތަށް ހިޔާނާތްތެރި ވަނީ ކޮން ފަރާތަކުން ފިރާގު ސުވާލު އުފައްދަވައެވެ. މިކަމުގެ ސަބަބުން ގެއްލިގެންދާ ގާތްގަނޑަކަށް 117.5 މިލިއަން އެމެރިކާ ޑޮލަރަކީ ރައްޔިތުންގެ ހައްގުތަކާއި މަންފާއަށްޓަކައި ރައްކާތެރިކުރަންޖެހޭ ބޮޑު އަދަދެއްކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

    "ވިޔަފާރީގެ ނިންމުންތައް ނިންމަންވާނީ ހާމަކަން ބޮޑު، އިންސާފުވެރި އަދި ހަރުދަނާ އުސޫލުތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އަމިއްލަ ގުޅުންތަކާއި ވަކި ބައެއްގެ މަސްލަހަތު އޭގެ ތެރެއަށް ވަދެގެން ނުވާނެއެވެ. ހަމައެއާއެކު، ގައުމުތަކުގެ މެދުގައި އޮންނަ ބަދަހި ގުޅުމަށާއި އިތުބާރަށް ބުރޫނާރާނޭ ފަދަ ގޮތަކަށް މިފަދަ ކަންކަން ނިންމުމުގައި ސަމާލުވާންޖެހޭ" ކަމަށް ފިރާގު ވިދާޅުވެއެވެ.

    ނިންމާ ނިންމުމެއްގެ ސަބަބުން ކުންފުނީގެ 24000 ދިވެހި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކުރެވޭނީ ކިހިނެތްތޯ ފިރާގު ވިދާޅުވީ އެންމެ މުހިންމު ކަމަކީ އެއީ ކަށެވެ. މުދަލުގެ ފުރިހަމަ އަގު ރައްކާތެރިކޮށް، ކޮންމެ ނިންމުމަކީވެސް ރައްޔިތުންނާއި މަސްލަހަތު އޮތް އެންމެންގެ ފައިދާއަށް ނިންމާ ނިންމުމެއްކަން ކަށަވަރުކުރަން ޖެހޭކަމަށްވެސް ފިރާގު ވިދާޅުވެއެވެ.

    ]]>
    Tue, 28 Jul 2026 12:06:37 +0500 މުއާޒު
    2028 ޖުލައި 26 އަށް ނިންމަން ބުނެ ހެދި ރޯމަރުދޮގު: 1 https://heerasnews.com/4445 https://heerasnews.com/4445 މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ކޮންމެ ރަށެއްގައި 2028 ވަނަ އަހަރުގެ ޖުލައި 26 ނިންމާނެކަމަށް ރައީސް އެ ވިދާޅުވީ ކުނި ނައްތާލުމުގެ ކޮން ނިޒާމެއްގެ ވާހަކައެއް ހެއްޔެވެ. ނިމިފައި ހުންނާނެކަމަށް އެ ވިދާޅުވީ ކޮން ކުނިކޮއްޓެއްގެ ވާހަކައެއް ހެއްޔެވެ.

    2025 ވަނައަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނިކޮށިއަޅާ ކުނިނައްތާލާ ނިޒާމް ގާއިމުކޮށް ނިންމާނެކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. އެހެން ރައީސް ވިދާޅުވީ ސަމާސާތާކު ނޫނެވެ. ރައީސް މުއިއްޒު އެހެން ވިދާޅުވީ 2025 ވަނައަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައްޔިތުންގެ މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނުގައެވެ. 

    ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީ ލާޒިމްކުރާ ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލާ ރައީސް ވެވަޑައިގަންނަވާ ގާނޫނީ އިގުރާރެކެވެ. ރިޔާސީ ބަޔާނަކީ ސަރުކާރުގެ އަހަރީ ރިޕޯޓެވެ. ރިޔާސީ ބަޔާނަކީ ހިޔާލީ ކުރުވާހަކައެއް ނޫނެވެ. ރިޔާސީ ބަޔާނަށްވުރެ ބޮޑަށް އިތުބާރު ހިފޭ އެއްވެސް ބަޔާނެއް ގައުމެއްގައި ނުއޮންނާނެއެވެ. ސަރުކާރަކުން ކުރެވުނުކަމަކާއި ކުރާނެކަމެއް އެންމެ އިތުބާރު ހުރި ގޮތެއްގައި އެނގޭ ބަޔާނަކީ ރިޔާސީ ބަޔާނެވެ. 

    2025 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ނައްތާލުމުގެ ނިޒާމް ގާއިމުކޮށް ނިންމާނެ ކަމަށް 2025 ގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވުމުން އެނގެނީ  ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނިކޮށިއަޅާ ކުނި ނައްތާލުމުގެ ނިޒާމް ގާއިމުކޮށްދީ ނިންމާނެކަމެވެ. 2025 ނިމި 2026 ވެސް ދެބައިވެއްޖެއެވެ. އެހެން ކަމުން މިހާރު ހުންނަންވާނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނިކޮށިއަޅާ ކުނި ނައްތާލުމުގެ ނިޒާމް ގާއިމުކޮށްދީ ނިންމާފައެވެ. އަލަކުން އަޅާނެ ކުނިކޮއްޓެއް ގާއިމުކުރާނެ ކުނިނައްތާލާ ނިޒާމެއް މިހާރަކު އޮވެގެން ނުވާނެއެވެ. 

    އެހެން އެކަން އޮތްއިރު 2028 ގެ ޖުލައި 26 އަށް ކޮންމެ ރަށެއްގައި ނިންމާނެކަމަށް އެ ވިދާޅުވީ ކޮން ކުނިކޮއްޓަކާއި ކޮން ކުނި ނައްތާލާ ނިޒާމެއްގެ ވާހަކައެއް ހެއްޔެވެ. ހުއްދަ ނޫނަސް މީހުން ދޮގު ހަދާލާ ގޮތް ހުރެއެވެ. ދެކެދެކެވެސް މިވަރުގެ ދޮގުވެރިއަކު ނުދެކެމެވެ. 

    ރަށެއްގައި އެޅިއްޔާ އެޅި ކުނިކޮއްޓާކާއި ގާއިމު ކުރިއްޔާކުރި ކުނި ނައްތާލާ ނިޒާމަކީ މުއިއްޒުގެ ކުރިން ވެރިކަންކުރި މީހުން ކުރިކަންކަމެވެ. މުއިއްޒުގެ ވެރިކަމުގެ ދެއަހަރި ބައިތެރޭގައި އަލަކަށް އެޅި ކުނިކޮޢްޓެއް ގާއިމުކުރި ކުނި ނައްތާލާ ނިޒާމެއް ދުށް މީހަކު ނޫޅެއެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ކަންކަން ނިންމާނެ ކަމަށް ބުނެ ރިޔާސީ ބަޔާނުގައިވެސް ހެދީ ދޮގެވެ. 2028ގެ ޖުލައި 26 އަށް ނިންމާނެކަމަށް ބުނެވެސް އެހެދީ ރޯމަރު ދޮގެކެވެ. 

    ]]>
    Tue, 28 Jul 2026 10:32:32 +0500 މުއާޒު
    މުއިއްޒަށް: ބިލްތަކަށް ފައިސާ ނުދައްކާ ބޭސްނުގެންނަ ވާހަކަ ނުދައްކާ https://heerasnews.com/4441 https://heerasnews.com/4441 އާނއެކެވެ. މުއިއްޒު ވެރިކަން ފެށުނީއްސުރެ ރާއްޖެ ކަޑައްތުކުރަމުން ދަނީ ބޭސްލިބުމުގެ ދަތިކަން ބޮޑު ޒަމާނެކެވެ. ބޭސް ލިބުން ދަތިވެގެން އުޅެނީ ކީއްވެގެންތޯ ހަމަ ބަލައިލަން ރަނގަޅެވެ. މުއިއްޒު ބުނާގޮތުން ރާއްޖެ ބޭހަށް ޖެހިގެން އުޅެނީ ބަޔަކު ގަސްދުގައި ކުރި ކަމެއްގެ ސަބަބުންނެވެ. މުއިއްޒު ބުނަނީ ރާއްޖޭގައި އޮތީ ބޭހުގެ ބޮޑު މާފިޔާއެއް ކަމަށެވެ.

    އާސަންދައިގެ ތެރެއިން 2000 ފަސެންޓަށްވުރެ ބޮޑު ފައިދާއެއް ބޭސްވިއްކާ މީހުން ބައެއް ބަވާތުގެ ބޭހުން ނަގަމުން ދިޔަކަމަށް މުއިއްޒު އެބަބުނެއެވެ. މުއިއްޒު ބުނާގޮތުގައި ބޭހަށް ދަތިވެގެން ދިޔައީ އާސަންދައިންވާ ލީކޭޖު ކުޑަކޮށް އަހަރަކު 500 މިލިޔަން ރުފިޔާ ސަލާމަތް ކުރުމުން ބޭސްވިއްކާ މީހުން ގަސްދުގައި ބޭސް ގެނައުން ހުއްޓާލުމުންނެވެ. 

    އެންމެ ރަނގަޅެވެ. މުއިއޒު އެ ބުނާ ގޮތްވެގެން ބޭސް ގެނައުން ހުއްޓާލާނީ އަމިއްލަ ފާމަސީ ތަކުންތާއެވެ. އެކަމަކު މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ އެސްޓީއޯއިން އެހެނެކޭ ކިޔާފައި ބޭސް ގެނައުން ހުއްޓާލަންޖެހޭ ސަބަބެއް ނެތެވެ. އެސްޓީއޯއަކީ ރާއްޖެއަށް އެންމެ ގިނައިން ބޭސް އެތެރެ ކުރަމުން އަންނަ ކުންފުންޏެވެ. އަނެއްކޮޅުން އެސްޓީއޯއަކީ ރައްޔިތުންގެ ދިރި އުޅުމަށް ބޭނުންވާ އަސާސީ ބާވަތްތައް އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އުފައްދާފައި އޮންނަ ސަރުކާރު ކުންފުންޏެވެ. ކާޑާއި ތެލާ ބޭހަކީ ހުސްނުކޮށް އެސްޓީއޯއިން ލިބެން ހުންނަން މަޖުބޫރު ބާވަތްތަކެކެވެ. 

    އޮޅުވާލަން ތިޔަ އުޅެނީ ކާކަށް ކޮން އެއްޗެއްހެއްޔެވެ. ވެގެން އުޅެނީ އެހެންނަކުން ނޫނެވެ. ވެގެން އުޅޭގޮތް ރައްޔިތުންނަށް ވަރަށް ސާފެވެ. ޖަޒްބާތުގައި މުއިއްޒު އެޅި ގިނަ ފިޔަވަޅުތަކުން ރާއްޖޭގެ މާލީ ނިޒާމު ބޮއްސުން ލީމާ ވާނެ ހައެއްޗެއް ވީއެވެ. ބައެއްގެ ބޮލަށް ކަންކަން ކަނޑާލަން ނުހަދާށެވެ.

    ވެރިކަމަށް އެރިގޮތަށް އަރާ އެއްގައުމަކަށް ބަރޯސާވުން ނިމުނީއޭ ބުނެ ބޭސްފަރުވާ ކުރަން ހުރި ލާރިކޮޅު ތަޅާލީ އެއްކަމަކީ އެއަރ އެމްބިއުލާންްސް ހަދާށެވެ. ބެންކޮކާއި ދުބާއީން އާސަންދަ ދެވޭކަން ދައްކަން ގާތް ބަޔަކަށް އެތައް ފައިސާއެއް ހޭދަކޮށްލީވެސް މުއިއޒެވެ. އިންޑިއާ ޖެހިގަނެ އިންޑިއާއިން އުފައްދަނީ ފަޑުއްކަ ބޭސް ކަމަށް ވެގެން އިންޑިއާއިން ބޭސް ނުގެންނަން ޔޫރަޕުން ބޭސް ގެންނަން ދިމާކުރި ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. 

    މިހާރު އަމިއްލަ ފާމަސީތަކުގެ ބޮލުގައި ވަގު ބަދުނާމު އަޅުވާ އެމީހުން ގަސްދުގައި ބޭސް ނުގެންނަނީ ކަމަށް ބުނާއިރު އާސަންދައިގެ ދަށުން ގެންގޮސްފައިވާ ބޭހަށް އެތައް ސަތޭކަ މިލިޔަން ރުފިޔާ ނުދީ ހުރެގެން އަމިއްލަ ފާމަސީތަކުން ބޭސް ނުގެންނަނީއޭ ބުނަން ލަދެއް ހަޔާތެއް ނެތްދޯއެވެ. އާދައިގެ ކުދިކުދި ބޭސް ފިހާރަތަކުން ބޭސް ގެންގޮސްފައިވާ ބިލުތަކަށް އަހަރު ދެ އަހަރު ވަންދެން މިލިޔަނުން ފައިސާ ނުދައްކާ އޮތުމުން އެމީހުން ބޭސް ގެންނާނީ ކޮންއެއްޗެއް އުފުރައިގެން ހެއްޔެވެ. އެންމެ ކުޑަކުޑަ ބިލު ގަނޑަކަށްވެސް ފައިސާއެއް ލިބެނީ އެތައް ދުވަހަކު ފަހަތުން ހިނގާ އާދޭސްކޮށްގެން ލިބެންޖެހޭ ފައިސާގެ ބޮޑު ޕަސެންޓެއް އެކަން ކުރަން ތިބޭ ބަޔަކަށް ރިޝްވަތުގެ ގޮތުގައި ދީގެންކަން ނޭނގޭ މީހަކުވެސް ނޫޅެއެވެ.

    އެހެން ނޫނަސް މުއިއްޒު އެބުނާ ބުނާ ރޭޓަކަށް އަގުދަށް ކުރިއިރު ގިނަ ބޭސް ވިއްކަންޖެހެނީ ގަތް އަގަށްވުރެ މާބޮޑަށް އަގު ހެކޮށެވެ. ކުޑަވަރެއްގެ ފައިދާއެއް ލައިގެން ވިއްކޭގޮތަށް އަގު ކަނޑައެޅީވެސް މަދު ބޭހެއްގެއެވެ، އަނެއްކޮޅުން އަތުފަތު ނޭޅޭހާ ބާރަށް ޑޮލަރުގެ އަގު އުފެލެމުން ދާއިރު އެކަމަށް ކުޑަވެސް ރިއާޔަތެއް ކުރުމެއް ނެތެވެ. އާސަންދައިގެ އަގުތައް ވައްޓާލުމާއި ޑޮލަރުގެ އަގު އަރައިގެން ދާދިޔުމާއި ނުއަގުގާވިޔަސް އާސަންދައަށް ވިއްކާ ބޭހަށް ގަވައިދުން އަގު ނުލިބުމަކީ އެއްފަހަރުން އަނެއް ފަހަރަށް ބޭސްނުގަނެވި މުސާރަ ނުދެވި ކުލި ނުދެއްކި ފާމަސީތައް ބަނގުރޫޓު ވެގެންދާނެކަން ރައީސް މީހާއަށް ނޭނގުނީމާ ބުނާނެ އެއްޗެއް ނެތެވެ. އެކަންކަން އެހެން އޮއްވާ ނުއަގުގައި އާސަންދައަށް ގެންގޮސްފައިވާ ބޭސްތަކަށް ފަސްހަމަސް ވާއިރު އަގުދޭ ނަމަވެސް ބޭސް ނުގެންނަނީ ގަސްދުގައޭ ކިޔައިގެން އަނގަ ހުޅުވާ ވާހަކަ ދައްކަން ރަނގަޅެވެ. 

    ރާއްޖެއަށް އެތެރެކުރާ ބޭހަށް ހުއްދަދޭން އަދިވެސް މަހާރެހެންދި ބައިންދައިގެން އެތައް ޒަމާނެއް ވަންދެން ކަޓު ލިބޭގޮތަށް ރާއްޖޭގެ މެޑިކަލް މާފިއާގެ މުގުލުގައި ހުރީ ކާކުކަން ރައްޔިތުންނަކަށް ނޯޅެއެވެ. ރައްޔިތުންގެ މަރާ ދިރުމާ ގުޅިފައިވާ ކަމަކުން ނަފާ ހޯދަމުން އެސްޓީއޯއިން އެތައް ޒަމާނެއް ވަންދެން ރަގަޅަށް ކުރަމުން އައިކަމެއް ޒާތަކު ފާމާއެއް ހަދައިގެން ރައްޔިތުން ވެވަށްވެއްޓުނު ގެރިހައްދަން އުޅޭނެ ކަމެއްނެތެވެ. 

    ]]>
    Mon, 27 Jul 2026 08:02:17 +0500 މުއާޒު
    މުއިއްޒުގެ ޑިކްޓޭޓަރޝިޕް | އަޅުވެތިކަމުގެ ހިރާސް https://heerasnews.com/4440 https://heerasnews.com/4440 މާލޭ އުތުރު ފަރާތު މަގުން ބައެއް ފުޅާކޮށްލާ ތާރު އެޅުމަކީ މުއިއްޒު ވެރިކަމަށް އެރިފަހުން ބައެއްގެ ރުހުން ލިބޭގޮތަށް ކޮށްލެވުނު ހަމައެކަނި ކަންތަކެވެ. އެކަމަކު އެއީ ސަރުކާރެއްގެ ފެންވަރުގައި ކުރެވުނު ސުމެއްގެ ކަމެކެވެ. ސިޓީ ކައުންސިލުން ކޮށްއުޅޭ ޒާތުގެ ކަމެކެވެ. އެއްވެސް ކަމެއްނުވާ ވެރިއަކަށް އެއީވެސް ލައްކަވަރެކެވެ. 

    ހޭނުބަހައްޓާ މުއިއްޒުގެކުލީ ގަލަންތަކާއި ބޮޓުން އެކަން އިސްތިހާރުކޮށް ސޯޝަލް މީޑިއާ ތަގައްޔަރުކޮށްލުމުން މުއިއްޒަށް ދުނިޔެ ރަންވެއްޖެއެވެ. %70 މީހުން ނޫނެކޭ ބުނި ހަނދާން ނެތި އިހުގެ ބަލިގަނޑު އަނެއްކާވެސް ހިލުނީތާއެވެ. ކަމުން ރެކުމާއި އެހެން މީހުންގެ ބޮލަށް ކަންކަން ކެނޑުމުގެ އާދަ ކަށީގެ މަދުގައި ހިފާފައި ހުންނަ މީހަކަށް ބަލިގަނޑު ހިލުވާ ނުލައެއް ނުހުރެވޭނެއެވެ. އެގޮތުން މިއަދު އޮތް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ފެނިގެން އެދިޔައީ މުއިއްޒުގެ ހަގީގީ ސޫރައެވެ. މަވެތިކަން ހުރިވަރެވެ. ތިމާ ނޫން މީހަކީ މީހެއް ނޫންކަން ގަބޫލުކުރާ މިންވަރެވެ. 

    ރާއްޖޭގައި ބޭހުގެ ވިޔަފާރިކުރާ އެންމެންނަކީ މާފިޔާ ބައެއް ކަމުގައި ބުނެ މުއިއްޒު އިއުލާންކޮށްފިއެވެ. ބޭސްވިއްކާ އާއްމު ވިޔަފާރިވެރިންނަކީ ދައުލަތް ލޫޓުވާ ލުޓޭރުންގެ ގޮތުގައި ސިފަކޮށްފިއެވެ. ވެރިކަމަށް ތިން އަހަރުވާން ދާއިރު ރާއްޖޭން ބޭސް ލިބެން ނެތުމުގެ ޒިންމާ މުއިއްޒު އެއަޅުވަނީ ޒަމާނުއްސުރެ ބޭހުގެ ވިޔަފާރި ކުރަމުން އައި މީހުންގެ ބޮލުގައެވެ. 

    ކޮވިޑްގެ ދަތިހާލަތުގައި ވެސް އެސްޓީއޯ މެދުވެރިވެގެން ރާއްޖެ ބޭހަށް ޖެހުނަނުދީ އޮތީ ހިފަހައްޓާފައެވެ. އެކަމަކު މިވެރިކަމުގައި އާއްމު ހާލަތުގައި 3 އަހަރުވެގެން ދާއިރު މުއިއްޒަކަށް އެކަމެއް ނުވިއެވެ. މަސް ނުބޭވުނީ ކަނޑު ނުބައިކުރާ އުސޫލުން މުއިއްޒަށް ނުބައިވީ ބޭހުގެ ވިޔަފާރި ކުރާ މީހުންނެވެ. ވިޔަފާރިވެރިން ރުޅި މަޑެވެ. ދެ ޗަންޕާއަށް އިއްޒަތްދީގެން ވިޔަފާރިވެރިން ހިފަހައްޓާލެވޭނެ ކަމަށް ހީކުރަނީތާއެވެ.

    ދައުލަތުން ގެއްލުނު ފައިސާ ހޯދާ ވާހަކަ ދައްކާތާވެސް 3 އަހަރުވަނީއެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ދައުލަތަށް ލިބެންޖެހޭ އެއްޗެއް ހޯދާނަމޭ ކިޔަކިޔާ ހުއްޓާ ދައުރެއް ނިމިދަނީއެވެ. ކުރީ ސަރުކާރުތަކުގައި ތިބީ ހުސްވަގުންކަމަށް ސިފަކޮށްފައި ތިމާގެ ބޮލުން ނައްޓާލަން އުޅުނަސް އެހެން ހުރިހާ ސަރުކާރަކަށްވުރެ މުއިއްޒު ސަރުކާރު މާ ވަގުކަމަށް މީހުން ދެކެއެވެ. ތިމާމެން ކުރާ ވައްކަން ފޮރުވަން އެހެން މީހުނަށް ވަގަށް ގޮތްވަކަސް ސަލާމަތެއް ނުވާނެއެވެ. 

    މުއިއްޒު ދެކޭ ގޮތުގައި ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާ ވެސް ވާންޖެހޭނީ މުއިއްޒުގެ ގޮޑިކޮއްކޮއިންނަށެވެ. މުއިއްޒު ހުއްޓާނުލާ ހިންގާހާ ޖަރީމާތައް ފޮރުވާ މަތިއަޅާދޭން ނޫޅޭ އެންމެންނަކީ ސަރުކާރާ ދެކޮޅު ބައެއްކަމަށް މުއިއްޒު ސިފަކުރެއެވެ. މިހާތަނަށް ބަދެނުލެވިހުރި އިންފޮމޭޝަން ކޮމިޝަނަރު މިހާރު އެހުރީ މުއިއްޒުގެ ޓާގެޓްގައެވެ. ދުއްވާލަން ދެން މާ ގިނަ ދުވަހެއް ނުވާނެއެވެ. ޖަވާބުދާރީ ވުމަކީ މުއިއްޒު ދަންނަކަމެއް ނޫނެވެ. އެހެން ނޫނަސް މުޅި ދައުލަތަކީ މުއިއްޒުގެ މިލްކަށް ވީމާ މުއިއްޒު ޖަވާބުދާރީ ވާންޖެހޭ މީހަކު ހުރެގެން ނުވާނެތާއެވެ. 

    މާތްކަލާކޯއެވެ. މިނިވަން ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މިނިވަން ޖަލްސާގައި މުއިއްޒުގެ ހުދުމުހުތާރުކަމާއި މުޑުދާރުކަން އެނގޭވަރަށް 113 ގައުމުގެ ސަފީރުންގެ ކުރިމަތީގައި އަމިއްލައަށް ބަރަހަނާވީއެވެ. ހިތުން މާމޮޅު ސްޕީޗެއް ދެވުނޭ ހީވިޔަސް މިއަދު އިވުނިއްޔަކީ ގައުމެއްގެ ވެރިއެއްގެ ފަރާތުން އިވެންވާވަރުގެ ވާހަކަ ތަކެއް ނޫނެވެ. ހަރުގެ ޖަލްސާއަކަށްވެސް ކަމުނުދެއެވެ. 

    ވާނީ އެހެންތާއެވެ. ވެރިމީހާ ޑިކްޓޭޓަރަކަށް ބަދަލުވަމުން ދާވަރަކަށް މަވެތިކަން ފާޅުވާނެއެވެ. ބޭރުގެ އަޅުވެތިކަމެއް ނެތަސް ރާއްޖެ ދަނީ ފަތުއަޑުކިޔާފާ އަޅުވެތިކަމާ ދިމާލަށެވެ. ހިޓްލަރާއި އިޑީ އަމީނާއި މުގާބޭ ފަދަ ޑިކްޓޭޓަރުން އެމީހުން ނިސްބަތްވާ ގައުމުތަކުގެ ރައްޔިތުން ވެސް އަޅުވެތިކުރިއެވެ. އެގައުމުތައް އަޅުވެތިކުރީ ބޭރުގެ ބާރުތަކަކުން ނޫނެވެ. އެ ގައުމުތައް އަޅުވެތިކުރީ އެ މީހުންގެ ތެރެއިން އައި ޖައްބާރު އެ ވެރިންނެވެ. ރާއްޖޭގެ މިސްރާބުވެސް ހުރީ އެދިމާލަށެވެ. އެކީ އެކައްޗަކަށް މުއިއްޒު އަޅުވެތި ނުވަނީސް ރާއްޖޭގައި ކުރަފި ހަރަކާތެއް ނަމަވެސް ފެށެން ޖެހެއެވެ.

    ]]>
    Sun, 26 Jul 2026 19:31:54 +0500 މުއާޒު
    ދައުލަތުންދޭ ބަންޑާރަ އިއްޒަތް ބޮޑުގުޅަވުން https://heerasnews.com/4439 https://heerasnews.com/4439 ހިސާބަށްވުރެ އެއްވެސް އެއްޗެއް މާގިނައިން ފެންނަންޏާ ބޮޑުގުޅަވުމޭ ބުނެ މިސާލުޖަހާ އުޅެއެވެ. އެގޮތުން ރާއްޖޭގައި ދެވޭ އިއްޒަތް ދިނުންވެސް ބޮޑުގުޅަ ވެއްޖެ ކަހަލައެވެ. ދައުލަތުގެ ނަމުގައި އިއްޒަތް ދިނުމުގެ ބާރު މީހަކަށް އޮތަތީ ބަޑިތަކުރު ވިހޭރޭ އަލަފަތް އައި ބީދައިން ދެވޭ އެއްޗަކަށް ގައުމެއްގައި އިއްޒަތް ދިނުން ވެގެން ނުވާނެތާއެވެ. 

    ވަކި ބަޔަކަށް އިއްޒަތެއް ލިބޭތީ ކަންބޮޑު ވަނީއެއް ނޫނެވެ. އިއްޒަތް ބޮޑުގުޅަވާތީ ކަން ބޮޑުވަނީއެވެ. ކޮންމެ އަހަރަކު ގައުމީ ފެންވަރުގައި ފާހަގަކުރާ ކޮންމެ ދުވަހެއްގެ ރަސްމީ ބަޔަކަށް އިއްޒަތްދިނުން ހަދައިފިއްޔާ އިއްޒަތް ބޮޑުގުޅަ ނުވެއެއް ނުހުންނާނެއެވެ. އިއްޒަތް ބޮޑުގުޅަ ވީވީނުން އެ އިއްޒަތް ނިސްބަތްވާ ގައުމީ ބަތޮލުންނަށްވެސް ހުތުރުވާ ވަރަށް ބޮޑުގުޅަ ވީމާ ކަމަކު ނުދާނެއެވެ. 

    ރާއްޖޭގެ ނިސްބަތުގައި ނިޝާން ގާޒީގެ އިއްޒަތާއި ނިޝާން އިއްޒައްދީންގެ އިއްޒަތަކީ ބަޔަކަށް ހައްގުވާވަރުގެ އިއްޒަތެއް ނޫނެވެ. ހާލަކުންވެސް އެވަރު މީހަކުނެތެވެ. ހުރިހާ ގޮތަކުންވެސް ގައުމީ ހިދުމަތުގައި ދެވަނައެއް ނެތްފަދަ މީހަކަށް ނޫނީ އެއްޔަކީ ހައްގުވާ ވަރުގެ އިއްޒަތެއް ނޫނެވެ، އައު އީޖާދެއްކޮށް ރައްޔިތުންނަށް އޭގެ އުފާވެރިކަމާއި މަންފާ ދާއިމީ ގޮތެއްގައި ލިބޭވަރުގެ މޮޅުކަމެއް ކުރި މީހަކުނެތެވެ. ދުނިޔޭގެ ނިސްބަތުން ގައުމަށް ދާއިމީ ރީތި ނަމެއް ހޯދާދެވުނު މީހަކުވެސް ނެތެވެ. 

    އާދަޔާ ހިލާފު އާދަ ފޫއަޅުވަނިވި ޒާތުގެ ގައުމީ ހިދުމަތެއް ކުރި މީހަކަށް ނޫނީ އެއްޔަކީ ހައްގުވާ ވަރުގެ އިއްޒަތެއް ނޫނެވެ. ސާޅީހަކަށް އަހަރު ސަރުކާރުގެ އިސް މަގާމުތަކެއް ފުރުމަކުން ވަކި ވަރަކަށްވުރެ މުއްސަނދި ވުމަކުން ދައުލަތުގެ އެންމެ މަތީ ދަރަޖައިގެ އިއްޒަތެއް އެއްވެސް މީހަކަށް ދޭކަށް ނުޖެހެއެވެ. އެއިރަކު ހުންނަ ރައީސަކު އެންޓަޓައިން ކުރަން ކުރާ ކަމަކަށް އިއްޒަތް ދިނުން ވެގެން ނުވާނެއެވެ.

    އަމިއްލަ ހައިސިއްޔަތުން ނުވަތަ އެނޫން ގޮތަކުންވެސް މީހަކު ކުރިކަމަކުން ގައުމަށް ހޯދާދިން އާދަޔާހިލާފު ބޮޑު ކާމިޔާބެއް ނުވަތަ ކުރިއެރުމެއްގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވަރުގެ އިއްޒަތެއް ދިނުން ހައްގެވެ. ޒަމާންތަކަކަށް ދެމިގެންދާ ގޮތަށް އެންމެނަށްވެސް ފެންނަން އޮތް ހަގީގަތަކަށް ވާންޖެހޭނެއެވެ. ފަސާދައާއި ކޮރަޕްޝަނާއި ހިޔާނާތުގެ ކުޑަވެސް ތުހުމަތެއް އެއްވެސް އިރެއްގައި ކުރެވުނު މީހަކަށްވެސް ވެގެން ނުވާނެއެވެ. ކިތަންމެ ބޮޑު މުއްސަންޖަކަސް އަބުރަށް ހުތުރުވާ ވަރުގެ ކަންކަން ކުރާކަން ތުންތުންމަތީން ދެކެވޭ މީހަކަށްވެސް އެމީހަކު ވެގެން ނުވާނެއެވެ. 

    އިލްމުވެރިކަމާއި އުފެއްދުންތެރިކަމާއި އައު އިޖާދުގެ ކަންފުޅެއްވެސް ނެތް މިކަހަލަ ގައުމެއްގައި އާބާދީގެ ނިސްބަތުން ބޮޑު ބަޔަކަށް ގައުމީ އިއްޒަތް ލިބިފައި ތިބި މީހުން ގިނަ ގައުމަކަށް ރާއްޖެވާނެއެވެ. ގައުމުން އެ ކުރިއެރުމާއި އެނަފާ ނުފެންނައިރު ކޮންމެ އަހަރަކު އެތައް ބަޔަކަށް ބަންޑާރައިން އިއްޒަތް ދޭތީ އަންތަރީސްވެއެވެ. 

    ]]>
    Sun, 26 Jul 2026 17:15:37 +0500 މުއާޒު
    މިމަހު މުސާރަދޭން ޕެންޝަންފަންޑް | އަންނަމަހު ނޮޅާލާނީ ކޮންތަނެއް https://heerasnews.com/4429 https://heerasnews.com/4429 ފައިދާ ހުރި ރަނގަޅު އިންވެސްޓްމަންޓަކަށް ޕެންޝަން ފަންޑުގެ ބޯޑުމެންބަރުންނާއި އިސް މުވައްޒަފުންނާއި ފަންނީ މާހިރުން ދެކޮޅު ހަދާ އިންކާރެއް ނުކުރާނެއެވެ. 2.4 ބިލިޔަން ރުފިޔާގެ ޓްރެޝަރީ ބޮންޑެއް ސަރުކާރަށް ވިއްކަން ފަންނީ ގިނަ ބަޔަކު ދެކޮޅު ހަދާނީ އެކަމުގެ ނުރައްކާތެރިކަން ބޮޑު ކަމުންނެވެ. 

    ޕެންޝަން ފަންޑްގެ އިސް މުއައްޒަފުންތަކަކާއި ފަންނީ މާހިރުން އިސްތިއުފާ ދިނަސް ބޯޑް ބަދަލުކޮށްގެންވެސް ރައީސް އެކަން ކުރީ ކިއްވެގެން ހެއްޔެވެ. ގަދަކަމުން އެކަން ކުރަން ދިމާ ކުރި ސަބަބެއް އޮންނަން ވާނެއެވެ. ފައިސާ ޗާޕްކުރުން ކަމަށް ވިޔަސް ނުވިޔަސް ސަރުކާރުގައި ފައިސާ ހުރިނަމަ އެހާވަރުން ޕެންޝަން ފަންޑުން ދަރަންޏަށް ސަރުކާރަށް ފައިސާއެއް ނުނަގާނެއެވެ. 

    ފައިސާ ޗާޕް ނުކުރާން ވައުދުވެގެން ވެރިކަމާ ހަވާލުވެހުރެ ފައިސާ ޗާޕްކުރުމަށް ވާގޮތަށް ޕެންޝަން ފަންޑުން ޓްރެޝަރީ ބޮންޑްގެ ގޮތުގައި ގަދަކަމުން ސަރުކާރަށް ފައިސާ ހޯދާނީ ވަރަށް ބޮޑަށް ގޮތް ހުސްވީމައެވެ. އިތުބާރު ހުރި މަސްދަރުތަކުން އެނގޭ ގޮތުގައި ޕެންޝަން ފަންޑުން 2.4 ބިލިޔަން ރުފިޔާ ހޯދީ މިހިނގާ ޖުލައި މަހުގެ މުސާރަ ދެވެން ސަރުކާރަށް ނެތިގެންނެވެ.

    މުސާރަ ދެވެން ނެތިގެން މީގެކުރިންވެސް ރާއްޖޭގައި ހުންނަ އެސްބީއައި އާއި ސިލޯނު ބޭންކާއި އިސްލާމިކް ބޭންކާއި ހެޕީމާކެޓް ފަދަ ކުންފުނިތަކުން ބޮންޑުގެ ނަމުގައި ސަރުކާރަށް ދަރަންޏަށް ފައިސާ ހޯދާފައިވާކަމަށް އިތުބާރު ހުރި މަސްދަރުތަކުން ބުނެއެވެ. ސަރުކާރުގެ ހަރަދުތަކަށް ހޭދަކޮށްކޮށް ބީއެމްއެލްއާއި ސަރުކާރު ކުންފުނިތައް އޮތީ ނޭވާ ހޮޅިއަށް އެޅެފައި ކަމަށްވެއެވެ. ސަރުކާރުން އެއް ބޮންޑު އަދާކުރަން އަނެއް ބޮޑު ނަގާ ނަގާ އެތެރޭގައި ނުދަރާ ބެންކެއް ބޮޑު ކުންފުންޏެއް ނެތެވެ.

    ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ހަމަ ރަނގަޅަށް ސަރުކާރު ކޮށިއަރައިގެން އުޅޭކަން އެނގޭވަރުވެއެވެ. ކުއްލިއަކަށް ކުންފުނިތަކުން %33 މީހުން ކަނޑާލަން އުޅުމާއި އެއްވެސް ބަލާލުމެއްނެތި ޕެންޝަން ފަންޑު ނޮޅާލުމުން މުއިއްޒު ނޭފަތުކުރި ފެނުޖެހިއްޖެކަން އެނގެއެވެ. 

    64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްގެން ހަރަދުކުރާތާ އަހަރު ދެބައިވީއިރު މުސާރަދެވޭނެ ފަދަ ނެތިގެން އުޅުމަކީ ބިރުވެރި ކަމުގެ ރަނގަބީލެކެވެ. އަހަރު ދެބައިވީއިރު ބަޖެޓްގެ ހާލު އެހާވަރަށް ދެރަވީމާ އަހަރު ނިމެން ދާއިރު ބެންކްރަޕްސީ އިއުލާނު ނުކޮށް ފަރުޖެއްސޭނެ ބާވައެވެ. 

    ޕެންޝަން ފަންޑުން 2.4 މިލިޔަން ރުފިޔާ ދަރަންޏަށް ނަގައިގެން މިމަހުގެ މުސާރަދެވިދާނެއެވެ. މިމަހަށް ޕެންޝަން ފަންޑު ނޮޅާލާފާ އަންނަ މަހުގެ މުސާރަ ދޭން ނޮޅާލަން އޮތީ ކޮންތަނެއް ހެއްޔެވެ.    

    ]]>
    Fri, 24 Jul 2026 16:00:34 +0500 މުއާޒު
    އިހުތިޖާޖަށް އައްޑޫ ތެދުވާންވީ ވަގުތު ޖެހިއްޖެ https://heerasnews.com/4427 https://heerasnews.com/4427 އައްޑޫގައި ރައީސް ސޯލިހު ފައްޓަވާފައިވާ ވަށާޖެހޭ ތަރައްގީގެ މަޝްރޫއުތައް އެކި ގޮތް ގޮތަށް އަނބުރާލައްވައިގެން ރައީސް މުއިއްޒު ވަނީ ލަސްކޮށް ފަސްކޮށް ހުއްޓުވާފައެވެ. ކަންކަން ކުރިއަށް ނުކަނޑާނެހާ ގޮތަކަށް އެ މަޝްރޫއުތައް ވަނީ އަގަޑަ ބަގަޑަ ކޮށްފައެވެ. ޓޫރިޒަމް ޒޯނާއި ހަންކެޑެއާއި އެއަރޕޯޓާއި ވިޔަފާރި ބަނދަރާއި މަގުތައް ތަރައްގީކުރުމާއި ފެނާއި ނަރުދަމާ ފަދަ ވަށާޖެހޭ ގޮތަށް ތަރުތީބުކޮށްގެން ހިންގަންފެށި މަޝްރޫއުތަކަށްވެފައި އޮތްގޮތް އައްޑޫ ރައްޔިތުންނަށް ފެންނާނެއެވެ. އައްޑޫ އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަރައި ދިއުމަކީ ރައީސް މުއިއްޒަށް ގަބޫލުކުރެއްވޭ ވަރުގެ ކަމަކަށް ނުވާކަން ސާފުވާނެއެވެ. 

    ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިން ޝައުގުވެރިވާ ގޮތަށް ސަވާހިލި ތަރައްގީކޮށް، އެތަން ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލުން ވެސް ރައީސް މުއިއްޒަށް ހަޖަމެއް ނުކުރެއްވުނެވެ. ރައީސް އޮފީހުގެ ކޮޓަރިކޮޅުގައި މާލޭގައި ރައީސް މުއިއްޒު އިންނަވައި ގަލަމު ތުޑުން ކުރައްސަވާލެއްވި ސޮޔަކުން އައްޑޫ ސަވާހިލި އެވަނީ އައްޑޫ ރައްޔިތުންގެ އަތުން ފިރުކައިގެންފައެވެ. 

    ރައީސް މުއިއްޒު އެވަނީ އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރައްވާފައެވެ. ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ސަވަހިލު އެވަނީ ގެންދަވާފައެވެ. އެކަމަކު ސަވާހިލި އަކީ އައްޑޫ ސިޓީގެ ބިމެކެވެ. ސަވާހިލީގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަންވާނީ އައްޑޫ ސިޓީ ކައުންސިލްގައެވެ. ރައީސް އޮފީހުގެ ދަށަކު ނޫނެވެ.

    ސަވާހިލި އައްޑޫ ސިޓީގެ އިހުތިސާސުން ވަކިކޮށްލުމުން އައްޑުއަށް ސަވާހިލީން ލިބޭނެ އެއްޗެއް ނުއޮންނާނެއެވެ. ސާވާހިލީން ލިބޭހާ ފައިސާއެއް ދާނީ ސީދާ މާލެއަށެވެ. ސަވާހިލީން ލިބޭ މަންފާ އައްޑުއަށް ނުލިބި ވަދެގެން ދާނީ އެމްއެމްއޭއަށެވެ. 

    އައްޑޫން ގޫގުލްއަށް ދިން ބިމާ މެދުވެސް ރައީސް އަމަލުކުރެއްވީ ހަމަ އެފަދައިންނެވެ. ގޫގުލްއިން ދައްކާ ކޮންމެ ޑޮލަރެއް އައްޑޫ ސިޓީ ކައުންސިލްގެ އެކައުންޓަށް ވަނުމުގެ ބަދަލުގައި ވަންނަނީ ސީދާ އެމް.އެމް.އޭ އަށެވެ. މިހާރު ސަވާހިލި އަށް ވެސް ކުރިމަތި އެވީ ހަމަ އެފަދަ ލޫޓުވުމެކެވެ. މިހާރު މަނީޓަރީގައި ހުންނަ ފައިސާއެކޭ ރައީސް މުއިއްޒުގެ ފައިކޭޓްގައި ހުންނަ ފައިސާއެކޭ ތަފާތެއް ނެތުމުން އެ ފައިސާ ހަރަދު ވެގެން ދާނީ ރައީސް މުއިއްޒު ބޭނުންފުޅުވާ ގޮތްގޮތަށެވެ. އައްޑޫ ސިޓީއަށް ސަވާހިލީން ލިބޭނެ އެއްޗެއް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. 

    އެހެން ކަމުން އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރި ނިންމުން އަނބުރާ ގެންދަންދެން އައްޑޫ ސިޓީގެ ރައްޔިތުން މެދުނުކެނޑި އިހުތިޖާޖު ކުރަންޖެހެއެވެ. އައްޑޫ ސިޓީއަށް ސަވާހިލި ހޯދުމަށް އައްޑޫ އެންމެހާ ރައްޔިތުން އެއްގަލަކަށް އަރަންޖެހެއެވެ. ސަވާހިލީގެ ކަންތައް އެ ގޮތަށް ދޫކޮށްލައިގެން ނުވާނެއެވެ. ވަރުގަދަ ދެމެހެއްޓެނިވި އިހުތިޖާޖުތަކަކަށް އައްޑޫސިޓީ ތެދުވާންވީ ވަގުތު ޖެހިއްޖެއެވެ. 

    ]]>
    Thu, 23 Jul 2026 14:00:27 +0500 މުއާޒު
    މުއިއްޒަށް: ފިރުއައުނުގެ ނިމުން އައީވެސް ނިކަމެތީންގެ ރިޒުގުގައި އަތްއެޅި ހިސާބުން https://heerasnews.com/4424 https://heerasnews.com/4424 ސަރުކާރު ހިއްސާވާ ކުންފުނިތަކުން 14 ވަރަކަށް ހާސް މީހުން ވަޒީފާއިން ވަކިކުރުމަކީ ބިރުހުރި ކަމެކެވެ. ނުރައްކާތެރި ކަމެކެވެ. ބައިލައްކައަށްވުރެ ގިނަ މީހުނަށް އެކަމުގެ ސީދާ އަސަރު ކުރާނެކަމެކެވެ. 

    މުއިއްޒުގެ ވެރިކަމުގެ ލާހޫރޭ ސިޔާސަތުގެ ސަބަބުން ގިނަ އަމިއްލަ ވިޔަފާރިތަކާއި އަމިއްލަ ކުންފިތައް އޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. އެހެން ކަމުން ވަޒީފާ ގެއްލޭ މީހުންނަށް ދޭނެ ވަޒީފާއެއް އަމިއްލަ ކުންފުނިތަކަކު ނެތެވެ.

    ހުރި ވަޒީފާއަށް ބަރޯސާވެގެން މުއައްޒަފުން ނަގާފައިވާ ލޯނުތައް ދެއްކޭނެ ގޮތެއް ވެސް އެމީހުންނަކަށް ނެތެވެ. އަމިއްލަ މަސައްކަތެއް ފަށައިގަނެގެން އާމްދަނީ ހޯދަން ކަމެއް ކުރެވޭނެ މާހައުލެއް ނެތެވެ. ވަޒީފާއިން ވަކިކުރާ މީހުންނާއި އެމީހުންގެ އާއިލާތައް ބަނޑުފުރާނަ މުއްތި ކުރާނެ ގޮތެއް ވެސް ނެތެވެ. 

    ޑޮލަރުގެ އަގުބޮޑުވެ އިންފްލޭޝަން ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް ބޮޑެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓްގެ އަގު އެހާމެ ބޮޑެވެ. ފެނިގެ ހިދުމަތް ލިބޭ ރަށްރަށުގައި ފެން ބިލުވެސް ނުލާހިކު ބޮޑެވެ. އާއްމު ހާލަތު އެހެން އޮއްވާ ކުއްލިޔަކަށް 14 ވަރަކަށް ހާސް މީހުންގެ ވަޒީފާ ގެއްލުމަކީ އެކީ އެކައްޗަކަށް މުޅި ގައުމުގެ ހިނގުން ހުއްޓޭވަރުގެ ކަމެކެވެ. 

    އަމްދުން ވަޒީފާއިން ވަކިކުރެވޭ ގިނަ މީހުންނަކީ މުސާރައާއި އިނާޔަތުގެ ގޮތުގައި 15 ހާހަށްވުރެ ދަށުން ފައިސާ ލިބޭ ދެރަވަރު މުއައްޒަފުންނެވެ. ލިބޭ މުސާރައާއި އިނާޔަތުން ދެކޮޅު ނުޖެހިގެން އުޅުނު މީހުންނެވެ. އެ މީހުން ކަނޑާ މަގުމަތިކޮށްލުމަކީ ވެރިކަމެއްގެ ފަރާތުން ރައްޔިތުންގެ ބަޔަކަށް ދޭނެ އެންމެ ބޮޑު އަނިޔާއެވެ. 

    ނަތީޖާއަކަށް ވެގެން ދާނީ ވައްކަމާއި ފޭރުމާއި މަކަރާ ހީލަތުން މުދަލާ ފައިސާ ހޯދުން ކޮންޓްރޯލުން ނެއްޓުމެވެ. ތަޅާފޮޅުމާއި އަނިޔާވެރިކަން އާއްމުވުމެވެ. އަނެއްކޮޅުން އަމަން ބެލެހެއްޓުމަށް ދައުލަތުން ކުރަން ޖެހޭ ހޭދަ އެތައް ގުނައެއް މަތިވެގެން ދާނެއެވެ. ބަލަހައްޓަންޖެހޭ ކުށްވެރިން ގިނަވެގެން ދާނެއެވެ. ހަރަދު ކުޑަކުރުމުގެ ނަމުގައި އަޅާ ފިޔަވަޅުގެ ސަބަބުން ކުރަންޖެހޭ ހޭދަ ބޮޑުވެ ގައުމުގެ ހީރަސް ކެނޑުން ނޫން ކަމެއް ނުވާނެއެވެ. 

    ހަރަދު ކުޑަކުރަން އެތައް ހާސް ބަޔަކު ވަޒީފާއިން ވަކިކުރުމަކީ ދުންފަތް ހުއްޓުވަން ސިގިރޭޓް އަގު ބޮޑުކުރުން ކަހަލަ ދެއުޅި އެއްނުވާ ކަމަކަށް ނޫނީ ނުވާނެއެވެ. ހަރަދު ކުޑަކުރަން ކުރަން ހުރި ކަންކަން ނުކޮށް ދެރަވަރު އެތައްހާސް ބަޔަކު ވަޒީފާއިން ވަކިކޮށްލުމަކީ މުއިއްޒު ހަދާނެ އެންމެ ބޮޑު ގޯހެވެ. މުއިއްޒު ވެރިކަމުގައި އަދި ބާކީ ދުވަސް ކޮޅެއް އެބަ އޮތެވެ. ފިރުއައުނުގެ ނިމުން އައީވެސް ނިކަމެތީންގެ ރިޒުގުގައި އަތްއެޅި ހިސާބުންނެވެ.  

    ]]>
    Wed, 22 Jul 2026 13:33:40 +0500 މުއާޒު
    ވެހިކަލް ޝޯކޭހަކަށް މާލޭގެ މަގުތައްވީ ކީއްވެ | ހައްލު މިއޮތީ https://heerasnews.com/4421 https://heerasnews.com/4421 މާލޭގެ މަގުތައް ތޮއްޖެހި ޓްރެފިކް ފްލޯ އޮބި ނޯވެގެން އުޅޭ ހަގީގީ މައްސަލައަށް އެއްވެސް ބައެއްގެ ފޯކަސް ހުރިހެނެއް ހިޔެއްނުވެއެވެ. ހައްތަހާވެސް ދައްކާ އަޑު އިވެނީ ޕާކިންގ ބިލްޑިންގ އަޅާ ވާހަކައާއި ޕަބްލިކް ޓްރާންސްޕޯޓަށް ބަރޯސާވުން ކުޑަ ވާހަކައެވެ. މާލެތެރެއިން ޓެކްސީ ނުލިބޭ ވާހަކައަކީވެސް ބޮޑު ވާހަކައެކެވެ. ޕާކިންގ ސްލޮޓް ވިއްކުން އަދި އެއީ މާވަރުގަދަ ކަމެކެވެ.

    ޕަބްލިކް ޓްރާންސްޕޯޓަށް ބަރޯސާކުރުވަން މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ފަށައިގެން އުޅޭތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ބަސް ބޭނުން ކުރަނީ ނިސްބަތުން މަދު ބައެކެވެ. މާލޭގެ މަގުތަކުގެ ތޮއްޖެހުން ހުރިގޮތުން ބަހުގައި ދަތުރުކުރެވޭނީ ވަގުތު އޮވެގެން އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނަށެވެ. މާލޭގެ މަގުތައް ހުރިގޮތުން ބަސް ދަތުރުތަކަކީވެސް ތޮއްޖެހުމުގެ ސަބަބެކެވެ. 

    ކުރިއްސުރެ ގިނަ އަދަދަކަށް މާލޭގައި އާއްމުން ޓެކަސީތައް އޮވެއެވެ. އެހެން ނަމަވެސް މާލެތެރެއިން ޓެކްސީ ލިބުމަކީ ފަސޭހަކަމެއް ނޫނެވެ. ގައު އަތުރާފައި އޮތަސް ގިނަ މަގުތަކުގެ އަޑިގުޑަންކަމާއި މަގުތަކުގެ ހަނިކަމާއި ޕާކްކޮށްފައިވާ އުޅަނދުތަކާއި ހުރެ ގިނަ މަގުތަކަށް ކާރު ވަނުމަކީ ފަސޭހަ ކަމެއް ނޫނެވެ. 

    އަޑިގުޑަން ބޮޑަސް މާލެތެރޭގައި ޓެކްސީ ލިބުމުގެ ހަގީގީ ދަތިކަމަކީ ހަނިމަގުތަކުގައި ޕާކް ކޮށްފާ ހުރުމުން ގޭދޮރުމައްޗަށް ކާރުތަކަށް ނުދެވުމެވެ. އެހެން އެކަން އޮއްވާ މާލޭގައި ޓެކްސީ ލިބުން ދަތިވެގެންކަމަށް ބުނެ ސަރުކާރުން މިހާރު އެވަނީ އެތައް ސަތޭކަ ޓެކްސީއެއް މަގުތަކަށް ނެރެފައެވެ. އަދިވެސް އޮތީ އެތައް ޓެކްސީއެއް ނެރޭގޮތަށެވެ. އަލަށް އެތައް ސަތޭކަ ޓެކްސީއެއް ސަރުކާރުން ނެރުމަކުން ވެސް ޓެކްސީ ލިބުން މާލެތެރެއިން ފަސޭހައެއް ނުވިއެވެ. އިތުރަށް މަގުތައް ތޮއްޖެހުން ނޫންކަމެއް ނުވިއެވެ. 

    މާލެ ސަހައްދުގައި އާއްމުންނަށް އަލަށް ކާރު ރަޖިސްޓްރީކުރުން ހުއްޓާލިޔަސް ނުވަތަ ރަޖިސްޓްރީ ކުރުން އުދަގޫ ކުރިޔަސް މަގުތަކުގެ ތޮއްޖެހުމަކަށް ލުޔެއް ނެތެވެ. މާލެ ސަރަހައްދަށް އަލަށް ކާރު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ހެދުމަކީ ބޭއިންސާފެކެވެ. ކާރު ދުއްވޭވަރުގެ ތަނަވަސްކަން މީހަކަށް ލިބުމުން އެހެން ބައެއްގެ ސަބަބުން އޭނާއަށް ކާރެއް ނުދުއްވެންވީ ސަބަބެއް އޮވެގެން ނުވާނެއެވެ. އެކަމަކު ސިޔާސަތު ކަނޑައަޅާ މީހުންގެ މައިގަޑު ވިސްނުމަކީ ދުއްވޭނެ ކާރުގެ މިންވަރު ލިމިޓްކޮށް ވަކި ބަޔަކަށް ފުރުސަތު ގެއްލުވާލުމެވެ. 

    ތެދެކެވެ. ހިސާބަށްވުރެ ބައު އުޅަނދު ފަހަރު ނުދުއްވޭނެ ގޮތް ހެދުމާއި ވެރިފަރާތަށް އަނިޔާއަކަށް ނުވާގޮތަށް ބައު އުޅަދުތައް ނައްތާލުމުގެ އިންތިޒާމްކޮށްގެން މާލެތެރޭގައި ދުއްވާ ވެހިކަލް މަދުކުރުމަކީ ރަނގަޅު ކަމެކެވެ. ހަމައެކަނި ކާރު ރަޖިސްޓްރީ ކޮށްނުދިނުމަކުން ތޮއްޖެހުން ހައްލެއް ނުވާނެއެވެ. އަގުބޮޑު ގަރާޖު ސިޓީއަކުންވެސް ހައްލެއް ނުވެއެވެ. ޕާކީން ބިލްޑިން އަޅައިގެންވެސް ހައްލެއް ނުވާނެއެވެ. 

    މާލެ ސަރަހައްދުގެ ޓްރެފިކާއި މަގުތަކުގެ ހަމަޖެހުމަށް އޮތްހާވެސް ހައްލަކީ ވެހިކަލް ދުއްވޭވަރުގެ ފޯރުންތެރިކަން ނެތް މީހުން ވެހިކަލް ދުއްވުން ހުއްޓުވުމެވެ. ވެހިކަލް ޝޯރޫމެއްހެން މާލޭގެ މަގުތައް އޮންނަން ދިމާވުމެވެ. އެހެން ދިމާވީ ބައެއްގެ ވިޔާފާރި ފުޅާކުރުމަށް ކުޑަކުޑަ ފައިސާކޮޅެއް ދައްކާލާފައި ކޮންމެ މީހަކަށް ވެސް ވެހިކަލެއް ނެގޭ ގޮތަށް އޮތުމުންނެވެ. ކުޑަމިނުން ޖުމްލަ އަގުގެ 1/2 ދައްކައިގެން ނޫނީ އިންސްޓޯލްމަންޓަށް ވެހިކަލް ދޫނުކުރާނަމަ މިހާވަރެއް ނުވީހެވެ. 

    ތިމާވެށީގެ ނަމުގައި ކޮތަޅަށް ގާނޫނު ހަދައިގެން ޓެކްސް ނެގޭއިރު ތިމާވެއްޓަށްޓަކައި ވެސް އިންސްޓޯލްމަންޓަށް ވެހިކަލު ވިއްކުމުގައި ވަރުގަދަ ގާނޫނީ ހުރަސްތަކެއް އޮތްނަމަ މާލޭގެ މަގުތައް ތޮއްޖެހިގެން ނުދިޔައީހެވެ. ވެހިކަލް ޝޯކޭހަކަށް މާލޭގެ މަގުތަކެއްނުވީހެވެ. ތަންކޮޅެއް ލަސްވިޔަސް މިހާރުވެސް އެކަން ކުރަން ވެއްޖެއެވެ.

    އިތުރަށް އުޅަދެއް މަގަށް ނެރެވޭނީ ނެރެވޭވަރުގެ މީހުންނަށް ހެދުމުން ލަހުން ނަމަވެސް މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެއެވެ. ވިޔަފާރިތަކާއި ބޭންކްތަކާއި ބޮޑެތި ކުންފުނިތަކުން ނަސީބު ކޫޕަނުގެ ގޮތުގައި ވެހިކަލް ދޫކުރުން ވެސް ހުއްޓުވަން ޖެހެއެވެ. ޕްރަމޯޝަން ތަކުގައި ވެސް ނުއަގުގައި އެއްވެސް މީހަކަށް ވެހިކަލެއް ނުލިބޭނެ ގޮތަކަށް ގާނޫނީ އޮނި ގަނޑު ބައްޓަން ކޮށްގެން ތަންފީޒުކޮށްފިނަމަ މާލޭގެ މަގުތައް ތޮޖެހުމަށް ދާއިމީ ހައްލެއް ލިބޭނެއެވެ. މާލޭގެ މަގުތަކުގައި ޕާކްކުރާ ވެހިކަލް މަދުވާނެއެވެ. ޕަބްލިކް ޓްރާންސްޕޯޓް ކުރާ މީހުން ގިނަވާނެއެވެ. ގޭދޮރުމައްޗަށް ޓެކްސީއަށް ދެވޭނެއެވެ. 

    ]]>
    Tue, 21 Jul 2026 17:12:22 +0500 މުއާޒު
    ކާރުތެރެ ހޫނުގަދަވެގެން ތުއްތު ކުއްޖަކު މަރުވެއްޖެ https://heerasnews.com/4407 https://heerasnews.com/4407 ޖަޕާނުގެ ކުމަމޯޓޯ ސިޓީގެ ގެއެއްގެ ގޯތިތެރޭގައި ޕާކުކޮށްފައި އޮތް ކާރެއްގެ ތެރޭގައި ހޭނެތިފައި އޮއްވާ ފެނުނު 11 މަހުގެ ތުއްތު ކުއްޖަކު، ހޫނުގަދަވެގެން ލިބުނު ގެއްލުންތަކުގެ ސަބަބުން މަރުވެއްޖެއެވެ.

     ފުލުހުން ބުނާގޮތުގައި ސަކޫޓޯ ޔަމަޝިތާ ނަމަކަށް ކިޔާ މި ކުއްޖާ ފެނުނީ ބުދަ ދުވަހުގެ މެންދުރުފަހު ކާރުގެ ފަހަތު ސީޓުގައި ހަރުކޮށްފައި ހުރި ކުޑަކުދިންގެ ރައްކާތެރި ގޮނޑީގައި އޮއްވައެވެ. ކުއްޖާގެ މަންމަ ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި، ކާރުގައި ގެއަށް އައުމަށްފަހު ގޭތެރޭގެ މަސައްކަތްތަކާއި އޮފީސް މަސައްކަތްތަކަށް އިސްކަންދެވުމުގެ ސަބަބުން، ގާތްގަނޑަކަށް 30 މިނެޓާއި ގަޑިއިރެއްހާއިރު ވަންދެން ކުއްޖާ ކާރުން ނުބާލައި ބޭއްވުނީއެވެ.

    މެންދުރުފަހު 2:15 އެހާކަންހާއިރު މަންމަ އެނބުރި ކާރު ކައިރިއަށް ދިޔައިރު، ސަކޫޓޯ އޮތީ އެއްވެސް ހަރަކާތެއް ނެތް ހާލަތެއްގައެވެ. ވަގުތުން ކަމާބެހޭ ފަރާތްތަކަށް ގުޅައިގެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހިތް ހުއްޓިފައިވާ ކަމަށާއި، އޭގެ ކުޑަވަގުތުކޮޅެއް ފަހުން ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފައެވެ.

    ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމުން އެނގުނު ގޮތުގައި، ކުއްޖާ މަރުވާން މެދުވެރިވީ ކާރުގެ ތެރޭގައި އިންތިހާއަށް ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވި "ހީޓްސްޓްރޯކް" އެއްގެ ސަބަބުންނެވެ.

    ކުމަމޯޓޯގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތުދޭ ގޮތުގައި، އެ ދުވަހުގެ މެންދުރުފަހު އެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ 32.5 ޑިގްރީ ސެލްސިއަސްގައެވެ. އަދި އެ ދުވަހަކީ ހޫނުގަދަވުމުގެ ސަބަބުން ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އެ ސަރަހައްދަށް ނެރެފައިވާ ދުވަހެކެވެ.

    ]]>
    Sat, 18 Jul 2026 06:49:56 +0500 މުއާޒު
    ލިބޭ ޑޮލަރަށް ވާގޮތް: ބޮޑުކަން ދައްކަން ބިލިޔަން ޑޮލަރ ހޭދަކުރުން https://heerasnews.com/4406 https://heerasnews.com/4406 ތެދެކެވެ. ރައީސް ޔާމީނު ވެރިކަމުގައި އަހަރަކު ނިސްބަތުން ދައުލަތަށް ލިބުނީ 513 މިލިޔަން ޑޮލަރެވެ. ރައީސް ސޯލިހު ވެރިކަމުގައި އަހަރަކު ލިބުނު ޑޮލަރުގެ ނިސްބަތް ކުޑަ ތަންކޮޅެއް މައްޗެވެ. ރައީސް ސޯލިހު ވެރިކަމުގައި އަހަރަކަށް ޖެހުނީ 680 މިލިޔަން ޑޮލަރެވެ. 

    ލިބުނު އާމްދަނީ އާއި ނުބައްދަލު ތަރައްގީ އެހެން ހަރުފަތަކަށް ގެންދިޔަ ބޮޑެތި މަސައްކަތްތައް ރައީސް ޔާމީނުގެ ދައުރުގައި ކުރިއެވެ. ކޮވިޑްގެ އާލަމީ ވަބާގައި 2 އަހަރެއްހާ ދުވަސް ފާއިތުވި ރައީސް ސޯލިހުގެ ވެރިކަމުގައިވެސް ރައްޔިތުން ހާލުގައި ނުޖެހި މުޅި ރާއްޖޭގައި ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ ރަނގަޅު ފެންވަރުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ކާމިޔާބު މަސައްކަތްތަކެއް ކުރިއެވެ. 

    ކުރީގެ ދެ ސަރުކާރުގައި ވެސް ކުރީގެ ސަރުކާރުތަކުން ވާރުތަވި ދަރަނި ހުއްޓެވެ. އެއިރަކު ދައްކަން އޮތް ލޯނެއް އެ ސަރުކާރުތަކުން ވެސް ވަނީ ދައްކާފައެވެ. ދަރަނި އަދާކުރުމަކީ ރައީސް މުއިއްޒު ސަރުކާރަށް އެކަނި އުފުލަން ޖެހުނު ބުރައެއް ނޫނެވެ. 

    ގަބޫލު ކުރަމެވެ. ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރ ދަރަނި އަދާކުރަން މުއިއްޒު ސަރުކާރުން މިހާތަނަށް ދައްކައިފިއެވެ. އެއްޔަކީ ކުޑަކަމެއް ނޫނެވެ. އެކަމަކު ގަބޫލު ކުރަންޖެހޭ އެހެން ހަގީގަތެއްވެސް އެބައޮތެވެ. ރާއްޖެއަށް ޑޮލަރުން ލިބޭ އާމްދަނީ ކުރީ ދެ ސަރުކާރަށްވުރެ މިހާރު މާމައްޗެވެ. 

    ރައީސް މުއިއްޒު ސަރުކާރަށް މިވީ ދެއަހަރުގެ ތެރޭގައި 2550 މިލިޔަނަށްވުރެ ގިނަ ޑޮލަރު އާމްދަނީގެ ގޮތުގައިވަނީ ލިބިފައެވެ. ނިސްބަތުން އެއީ އަހަރަކު 1200 މިލިޔަނަށްވުރެ ބޮޑު އަދަދެކެވެ. އެހެން ކަމުން އަހަރަކު ކުރީން ލިބުނު ވަރުގެ ދެ ގުނައަށް ޑޮލަރުން އާމްދަނީ ލިބޭއިރު ކުރިން ކަޅުބާޒާރުގައި 16 ރުފިޔާއަށް ލިބުނު ޑޮލަރ 21 ރުފިޔާއަށް ވެސް ގަންނަން ނުލިބިގެން އުޅޭ ސަބަބެއް އޮންނަންވާނެއެވެ. 

    ރައީސް މުއިއްޒުގެ ވެރިކަމުގައި ޑޮލަރުން ލިބުނު އާމްދަނީން އެއް ބިލިޔަން ދަރަންޏަށް ދެއްކިޔަސް ކާޑާއި ތެލާއި އާސަންދައަށް ހޭދަކޮށްފައި ވެސް ޑޮލަރުގެ ދަތިކަމެއް ނުހުންނަ ވަރަށް ސަރުކާރަށް ޑޮލަރު ލިބެއެވެ. ލިބޭހާ ޑޮލަރަށް ވަނީ ކިހިނެތްތޯ ރައްޔިތުން ސުވާލު ކުރަނީ އެހެން ވެގެންނެވެ. 

    މާލީ އިދާރާއާއި އިތުބާރު ހުރި މަސްދަރުތަކުން ލިބިފައިވާ މައުލޫމާތަށް ބަލާލުމުން ދައުލަތަށް ލިބޭހާ ޑޮލަރަށް ވާގޮތް އެނގެއެވެ. ކޮންމެހެން ނުކޮށް ފަރުޖެހެން އޮތް ބޮޑެތި ހަރަދުތަކެއް ކުރީމާ ޑޮލަރަށް ޖެހޭނެއެވެ. އުނދަގޫ ވަގުތުގައި ކޮންމެހެން ކުރަންނުޖެހޭ ހަރަދުތަކެއް ކުރުމުގެ ބުރަ އުފުލަން ނުޖެހިއެއް ނުދާނެއެވެ.  

    ރަސްމާލެ ހިއްކުމުގެ ނަމުގައި 700 މިލިޔަން ޑޮލަރު ހަރަދުކޮށްފިއެވެ. ދެ ބުރުމަތީން ޑްރޯން ގަންނަން 127 މިލިޔަން ޑޮލަރ ހޭދަކޮށްފިއެވެ. އަސްކަރީ ހަތިޔާރު ގަންނަން 182 މިލިޔަން ޑޮލަރ ހަރަދުކޮށްފިއެވެ. ގެއްލުނު ކަނޑު ހޯދާ ނަމުގައި 10 މިލިޔަން ޑޮލަރ ހޭދަކޮށްފިއެވެ. ބޭރަށް ކުރާ ދަތުރުތަކަށް މިހާތަނަށް 30 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއް ކޮށްފިއެވެ. އަނެއްކޮޅުން ބޭރުގައި ގާއިމުކޮށްފައިވާ މިޝަންތަކަށް ދެ އަހަރު ތެރޭގައި 50 މިލިޔަން ޑޮލަރ ހަރަދުކޮށްފިއެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ބިލިޔަނަކަށްވުރެ މައްޗަށް ކޮށްފައިވާ މިކަހަލަ އިސްރާފުތަކުގެ ނަތީޖާއަކީ ޑޮލަރު ތާށިވެގެން ދިޔުމެވެ. 

    މިލިޔަން ޑޮލަރުން ކުރެވޭ މިފާޑުގެ ޑީލްތަކުން ވެރިކަމުގެ ތެރޭގައި ދަނޑިމަތި އަނބުރާ މީހުނަށް ކަޓްގެ ގޮތުގައި އޭގެ ނާޖާއިޒު މަންފާ ލިބެމުން ދާކަމީވެސް އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. އެހެން ކަމުން ޑޮލަރު ތާށިވެގެން އުޅެނީ ކުރީ ސަރުކާރުން ފައިސާ ޗާޕްކޮށްގެނެއް ނޫނެވެ. ދަރަނި ދެއްކުމަކުން ވެސް ނޫނެވެ. ބޮޑާ ކަމާއި މަވެތިކަން ބޮޑުކަމުން ގަދަކަން ދައްކަން އެތައް މިލިޔަން ޑޮލަރެއް ތަޅާލުމުންނެވެ.

    ]]>
    Fri, 17 Jul 2026 12:19:30 +0500 މުއާޒު
    ވާދަވެރިން އަގުނޭރުވިޔަސް ނެތް ޑޮލަރެއް ނުލިބޭނެ! https://heerasnews.com/4404 https://heerasnews.com/4404 ކަށިނެތް ދުލެއް އޮތަތީ ދޫހެލުވިދާނެއެވެ. އަނގައެއް އޮތަތީ ކޯތެޅުވި ދާނެއެވެ. ކިތަންމެ ވަރަކަށް ހަގީގަތުގައި އަތްއަޅާ ފޮރުވަން އުޅުނަސް ފޮރުވޭނީ އަތްތިލައިގެ ބޮޑުމިނެވެ. އެއީ ވެސް ހިނދުކޮޅަކަށެވެ. 

    މުއިއްޒުގެ މުސާރަވެރިންނާއި ކުލީ ގަލަންތަކުން ރައްޔިތުންނަށް ކަންކަން ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް ކަންކަން ގިނަ ރައްޔިތުންނަކަށް ނޯޅެއެވެ. އޮޅުނިއްޔާ އޮޅެނީ ނުވަތަ އޮޅުވާލަނީ އޮޅުވާލަންއުޅޭ ބައެއްގެ އަމިއްލަ ނަފްސަށެވެ.

    ކުރީ ސަރުކާރުން ވާރުތަވީ ދަރަނި ތަކެއް ހަލާސް ކުރެވިގެން ދަތްމައްޗަށް ތުންނާރާ ދަތްދިލުވާތީ އެބަފެނެއެވެ. މިއަހަރު ނުދައްކާ ވާންނެތް ބިލިޔަން ޑޮލަރުން އަބޫދާބީ ފަންޑަށް ދައްކަންޖެހޭ 100 މިލިޔަން ޑޮލަރ 2030 އަށް ލަސްކުރުމަކީ ދަރަނި ހަލާސް ކުރުން ހެއްޔެވެ. މާލިއްޔަތުގެ ފޫކަހާލައިގެން ސްކޫކާއި ސްވެޕް ދެއްކީ 325 މީލިޔަން ޑޮލަރގެ ސްވެޕެއް ބޮލުގައި އަޅައިގެން ކަމުން ދަރަނި ހަލާސް ކުރެވުނު ކަމަށް ވޭހެއްޔެވެ. މިސަރުކާރުން ހޯދި ހިދުމަތުގެ އަގާއި ތަކެތީގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބިލިޔަނުން އޮތް އިރު އެތެރޭން ނަގައިގެން އުޅޭ ސީދާ ދަރަނި ބިލިޔަނުން އޮތުމުން ދަރަނި ހަލާސްކުރެވުނު ކަމަށް ވޭހެއްޔެވެ. 

    2025 ވަނަ އަހަރުގެ އެތެރޭގެ ދަރަނީ ހުރީ 90.8 ބިލިޔަން ދިވެހި ރުފިޔާގައެވެ. ޖީޑީޕީގެ ނިސްބަތުން އެއީ ބޮލަކަށް %71 އެވެ. 2026ގެ ނިޔަލަށް އެތެރޭގެ ދަރަނި 150 ބިލިޔަނަށް އަރާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކާއި މަރުކަޒީ ބެންކުން ދެކެއެވެ. ޖީއެސްޓީއާއި ޕްރޮފިޓް ޓެކްސް އާއި ގްރީން ޓެކްސް އާއި އެއަރޕޯޓް ޓެކްސް އާއި އެއަރޕޯޓް ޗާޖަސް ބޮޑުކޮށް ފުރާ މީހުންގެ ފީ ބޮޑުކޮށް ރިސޯޓްގެ ސައިޒުން މާރުކުރަން ޖެހޭ ޑޮލަރުގެ އަދަދު ގިނަ ކުރުމަކުން މާލީ ނިޒާމަށް ލިބުނު ލުޔެއް ނެތެވެ. 

    އާމްދަނީއެއް ލިބޭ ސަރުކާރު ހުރިހާ ކުންފުންޏެއްހެން އޮތީ ބަނގުރޫޓް ހާލަތުގައެވެ. ޑޮލަރެއް ގަންނަން ލިބެނީ 21ރުފިޔާ އަށް ނުވަތަ އެއާ ގާތްކުރާ އަގެއްގައެވެ. ޑޮލަރު އަގު ބޮޑުވަނީ ވާދަވެރިން ޑޮލަރުނެތޭ ކިޔާތީކަމަށް ވަންޏާ 15.42 ގެ ރޭޓުން ބޭނުން ވަރަކަށް ޑޮލަރު ލިބޭގޮތް ހަދާނުދީ ތިބޭނީ ކީއްވެގެން ހެއްޔެވެ. ކަޅު ބާޒާރުގެ އަގެއްގައި ގައުމީ ބޭންކުގައި ޑޮލަރުން އިންވެސްޓް ކުރުވަން އުޅެނީ ކީއްވެގެން ހެއްޔެވެ. ވާދަވެރިންނާ ވާދައަށްވެސް 15.42 ގެ ރޭޓުގައި ގައުމީ ބެންކާއި ދެންވެސް ހުރި ތާކުން ޑޮލަރު ބޭނުން ވަރަކަށް ލިބޭނެގޮތް ހަދާނުދީ ތިބެނީ ކިއްވެފައި ހެއްޔެވެ. 

    މުއިއްޒު ވެރިކަމަށް އަންނަން ދެއްކިހާ ވާހަކައާއި ކެނޑިހާ ބައިސާ ނާހާ މީހަކުނެތެވެ. ވެރިކަމުގެ ދައުރު ދެބައިވެ ފަހަށް އޮތްތަން ދެއަހަރަށް ކުރުވެގެން ދާއިރު ވީކަމެއް ހަރާމޭ ބުނާކަށް ނެތީމެވެ. އެކަމަކު މަތި މައްޗަށް ވީހާ ވައުދާ، ވާހާ ވައުދުން ފެން ހިފޭ ގޮތަކަށް ކަމެއް ކުރެވޭތީއެއް ނުފެނެއެވެ. އެހެނެއް ކަމަކު ކުރާކަންކަން އުނބަށް ޖަހާތަން ފެންނަލެއް މަދެއް ނޫނެވެ. ދައްކާ ވާހަކަ ވަރަށް ގިނައިން އެނބުރި އަނގަޔަށް ވަންނަކަން އެނގެއެވެ. ފޭލިވެއްޖެކަމަށް ގަބޫލުކޮށް ބަލާށެވެ. ވާދަވެރިން އަގުނޭރުވިޔަސް ނެތް ޑޮލަރެއް ނުލިބޭނެއެވެ.

    ]]>
    Thu, 16 Jul 2026 17:50:32 +0500 މުއާޒު
    ޝާހިދަކީ ރަނގަޅު ރައީސަކަށް ވާނެތަ! https://heerasnews.com/4400 https://heerasnews.com/4400 ޝާހިދަކީ ރަނގަޅު ރައީސަކަށް ވާނެތޯ ކުރެވޭ ސުވާލުގެ ޖަވާބު ވަރަށް ސާފެވެ. ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލުމުން އެމްޑީޕީގައި މިވަގުތު ތިއްބެވި ލީޑަރުންގެ ތެރެއިން އޮނަރަބަލް އަބްދުއްލާ ޝާހިދަކީ އެންމެ ރަނގަޅުއެއް ޗޮއިސް ކަމުގައި ގަބޫލު ކުރަން އުދަނގުލެއް ނޫނެވެ. 

    ބަވަނަވެތި މިޒަމާނުގައި ދުނިޔެ ދަންނަ ރައީސަކު ހުރުން ރާއްޖެއަށް ވަރަށްވެސް މުހިންމެވެ. ދުނިޔޭގެ މަސްރަޙަށް އަންނަ ބޮޑެތި ބަދަލުތަކާއި އެކު ރަނގަޅު ނާރެހުގައި ގައުމު ހިފަހައްޓަން ދުނިޔެ ދަންނަ ލީޑަރެއް ގައުމުގެ ހުންގާނުގައި ބެހެއްޓުމަކީ ރަނގަޅު ނިންމުމެކެވެ.

    މުދަލުގެ އަގު އުފުލުމާއި، މުދާ އެއްތަނުން އަނެއްތަނަށް ގެންދިޔުމުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު ބޭރަށް ބަރޯސާވެފައިވާ ރާއްޖެފަދަ ގައުމަކަށް ވަރުގަދަ ހާރިޖީ ޝަހުސިއްޔަތެއް ގައުމުގެ ވެރިއަކަށް ބެހެއްޓުމުގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.

    ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރުމާއި ކިޔަވައިދޭނެ ސްކޮލަރޝިޕްތައް ހޯދުމާއި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމުގައި އަލަށް ތައާރަފް ވާންނުޖެހޭ ވެރިއެއްގެ މުހިންމުކަން ވަކީން ބޮޑެވެ. ބޭރު ދުނިޔޭން ފަހި ފުރުސަތުތައް ލުއިފަސޭހަ ގޮތްތަކެއް ހޯދުމަކީ، ބައިނަލްއަގުވާމީ ދާއިރާގައި ގުޅުންތައް ވަރުގަދަ ބޭފުޅަކަށް ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކެވެ.

    ތެދެކެވެ. ދުޅަހެޔޮ އިގްތިސޯދެއް ހޯދުމަކީ ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންތަކެވެ. އާއްމުންގެ ކެކުޅުންތަކުގެ ހައްލެވެ. ފުދުންތެރި ރައްޔިތުންގެ ގައުމަކަށް ރާއްޖެ ހެދުމަށް އޮތް ހަމައެކަނި މަގެވެ. އެކަން ކުރެވޭނީ ރާއްޖޭގެ އިގުތިސޯދު އެންމެ ސިނާއަތަކަށް ހުއްޓިފައި އޮތް އޮތުން ބަދަލުކޮށް އަސްދަޑިން ބޭރަށް ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ނެރެވޭ ވަރުގެ މީހަކަށެވެ. 

    އަބްދުއްލާ ޝާހިދަށް އެކަން ނުވާންވީ ސަބަބެއްނެތެވެ. ލިބި ވަޑައިގެން ހުންނެވި ސިޔާސީ ތަޖުރިބާއާއި ގާއިމުވެފައިވާ ބައިނަލް އަގުވާމީ ގުޅުންތަކާއި އިލްމީ ގާބިލުކަމަށް ބަލާއިރު ރާއްޖޭން އެވަރުގެ އެންމެ މީހަކު ހޯދަންޏާ ޝަހީދަށް ވުރެވަކީން އެކަށޭނަ މީހަކު ނެތޭވެސް ބުނެވިދާނެއެވެ. އެހެން ނަމަވެސް ރައްޔިތުންނަށް ޝާހިދުގެ ފަރާތްޕުޅުން ލިބެންޖެހޭ ޔަގީންކަމަކާ އިތުބާރުތަކެއް އަދިވެސް ބައިވަރު އެބަހުއްޓެވެ. 

    ރާއްޖެއަށް ވަންނަ ބޭރުފައިސާ އިތުރުކޮށް އަތްފޯރާފަށަށް ޑޮލަރުގެ އަގުތިރިކުރެވޭނެ ގޮތަކީ ކޮބައިކަން ބުނެދެވެން ޖެހެއެވެ. ސަރުކާރުން އާއްމު ވިޔަފާރީގެ ތެރެއަށް ނުވަދެ ރާއްޖޭގެ ޕަބްލިކް ސެކްޓަރ ވަރުގަދަކޮށް، މައިކްރޯ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކޮށް އެމީހުންގެ ޖީބުކަނޑަން ނޫޅެ ދައުލަތް ހިންގާނެ ގޮތެއް ބުނެދޭން ޖެހެއެވެ. 

    އަސާސީ ހައްގުތައް ކަށަވަރުކޮށް ދޭނެގޮތުގެ ދެމެހެއްޓެނިވި ނިޒާމަކަށް ރުޖޫއަވެވޭނެ ގޮތެއް ސާފުކޮށްދޭން ޖެހެއެވެ. ރައްޔިތުން މުއްސަދިކޮށް ނުދީ ޓެކްސް ނަގައިގެން ދައުލަތް ހިންގުން ހުއްޓުވެން އޮތް ގޮތެއް ބުނެދޭން ޖެހެއެވެ. އަސާސީ ހިދުމަތް ދީގެން ފައިދާ ހޯދުމުގެ ވިސްނުމާ ސަރުކާރު ދުރަށް ދާނެ ގޮތެއް ކިޔާދޭން ޖެހެއެވެ. ދައުލަތުގެ ވިޔަފާރިތައް ރާއްޖޭގެ ތޮށިން ބޭރަށް ނެރެގެން ދައުލަތަށް ބޭރުފައިސާ ވައްދާދޭނޭ ޕްލޭނެއް އޮތްކަން އެގެންޖެހެއެވެ. 

    ސަރުކާރުގެ ހިންގުމުގެ އޮނިގަނޑު ކުޑަކުރާނެ ގޮތަކާއި ކުރާނެ ވަރެއްވެސް މިހާރު ރައްޔިތުން ސާފުކުރަން ބޭނުންވެއެވެ. އިސްރާފާއި ކޮރަޕްޝަން ނައްތާލުމަށް އަޅާނެ ފިޔަވަޅުތައް އޮޅުމެއް ނެތް ވަރަށް ހާމަ ކޮށްދޭން ޖެހެއެވެ. އާމްދަނީ ހޯދަން މަސައްކަތް ކުރާ އެކަނިވެރި މީހާވެސް ގާނޫނާއި އުސޫލުތަކުގެ ތެރޭގައި ތާށިވެ ކުރިއަށް ނުދެވޭވަރަށް ގަވާއިދުތައް ހަރުކަށިނުވެ ފަހި މާހައުލެއް ހޯދާދޭނެ ގޮތްތައް އޮޅުންފިލުވާ ދޭންޖެހެއެވެ. 

    ދައުލަތުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދާދިނުމަށް އަޅާނެ ފިޔަވަޅުތަކަކީ ކޮބައިކަމާއި ބޭރު މީހުންގެ މައްސަލަ ހައްލުކޮށް ރާއްޖޭގެ އުފެއްދުންތެރި ކަމުގެވެށީގައި ބޭރު މީހުން ބައިވެރިކުރާނެ ގޮތާއި މިންވަރު ސާފުކުރަންވެސް ބޭނުމެވެ. މާލެއަށް ބަރޯސާވުން ކުޑަކޮށް ރަށްފުށުގެ އާއްމު ހާލަތު ރަނގަޅުކުރުމުގައި އޮތް ޕްލޭނަކީ ކޮބައިކަންވެސް އެނގުން މުހިންމެވެ. ރާއްޖޭގެ ތޮބީއަތާއި އެއްގޮތަށް ލާމަރުކަޒީ ނިޒާމުގެ ކަންކަން ހިންގުމުގައި ބާރުތައް ދޫކޮށްލާނެ މިންވަރަކާއި ކޮންމެ ސިޓީއަކާއި އަތޮޅެއްގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ އަދާލަތުގެ ކަންކަން ހިންގާ ބެލެހެއްޓުން ލާމަރުކަޒު ކުރާނެ ވަރަކާއި ގޮތެއްވެސް ސާފުވާން ޖެހެއެވެ. 

    ވެލްފެއަރ ސްޓޭޓެއްގެ ގޮތުގައި ސިއްހީ ހިދުމަތާއި އަސާސީ ހިދުމަތްތައް ކުރިއަށް ގެންދާނެކަން ނުވަތަ ނޫންކަން ސާފުކޮށްދީ ރައްޔިތުން ދިރިތިބުމާއި ދިރިއުޅުމުގެ ހައްގު ކަށަވަރުކޮށް ދިނުމުގައި ތަންފީޒުކުރާ ޕޮލިސީ އަކީ ކޮބައިކަންވެސް އެނގެންޖެހެއެވެ. ދިވެހީންގެ ދިރިއުޅުމުގެ ހާލަތު އެހެން ލެވެލަކަށް އުފުލާލަާ، ފުދުންތެރި ދުޅަހެޔޮ އަމާން ރާއްޖެއެއް ދިވެހިންނަށް ހޯދާދިނުން ނޫން އެހެން އެޖެންޑާއެއް ނެތްކަށް ކަށަވަރު ކޮށްދުމުގެ މުހިންމުކަން އަދި މާބޮޑެވެ.  

    ]]>
    Wed, 15 Jul 2026 19:00:01 +0500 މުއާޒު
    ސައިޒުކޮށް ތޯލާފުޅިއަށްލިޔަސް އަނގަ ނުހުޅުވެނީ ގަންނާކުރައްވާ ބިރުން https://heerasnews.com/4398 https://heerasnews.com/4398 ސިޔާސީގޮތުން އިސް މަގާމުތަކުގައި ތިބޭ މީހުން އެކަހެރި ކުރުމާއި ވަކިކުރުމަކީ ހުރިހާ ވެރިކަމެއްގައިވެސް ހިނގާކަމެކެވެ. މާ ކުރީގެ ވާހަކައެއް ދައްކާނެ ކަމެއް ނެތްތާއެވެ. އެންމެ ފަހުން ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް ސޯލިހުގެ ވެރިކަމުގައިވެސް ބައެއް ވަޒީރުންނާއި ސިޔާސީ މީހުން އެމީހުން ތިބި މަގާމުތަކުން ވަކިކުރެއްވިއެވެ. އެކަހެރި ކުރެއްވިއެވެ.

    އޭގެތެރެއިން ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވުނު އޭރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ އެއް ބޭފުޅެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ވަގުތީ ގޮތުން މަގާމުން އެކަހެރިކުރެއްވި ވަޒީރު އަހުމަދު މަހުލޫފަކީ އަނެއް ބޭފުޅެކެވެ. އެ ދެބޭފުޅުންނަށް އެޅުއްވި ފިޔަޅާ ގުޅިގެން އެބޭފުޅުން އަމަލުކުރެއްވީ ވަރަށް ހުތުރުކޮށެވެ. 

    ރާއްޖޭން ބޭރުގައި ހުންނަވައިގެން އަލީ ވަހީދު އެދުވަސްކޮޅު ލައްކަވަރުކޮށްލެއްވިއެވެ. މަހުލޫފު ވެސް މަގާމަށް އަނބުރާ އިޔާދަ ކުރައްވަންދެން އުޅުއްވީ ވަރަށް އައްޗިކޮންނެވެ. ސިޔާސީގޮތުން ސަރުކާރުން ވަޒީފާއެއް ދީފައިހުންނަ މީހެއްގެ މަގާމު ގެއްލުމަކީ ސަރުކާރަށް ފިސާރި ބޮޑަށް ކުނި ފުޅައާއި ބަދުނާމު ރައްދު ކުރާ ކަމެކެވެ. ވާދަވެރިންނާ ގުޅިގެން ސަރުކާރު ބަދުނާމުކުރުމުގައި އަވަދިނެތި އުޅޭ ކަމެކެވެ. 

    އެކަމަކު ރައީސް މުއިއްޒުގެ ވެރިކަމުގައި ފެންނަ މަންޒަރު ވަރަށް ތަފާތެވެ. އިސް މަގާމުތަކުގައި ތިބި އެތައް ބަޔަކު ކަނޑާ އުކާލައިފިއެވެ. އެންމެ އަރިސްކޮށް ގެންގުޅުއްވި އާދަމް ރަމީޒާއި އަލީ އާރިފް މަގާމުން ވަކިކޮށްލި ހިސާބުން ވީތަނެއް ވެސް ނޭނގެއެވެ.

    މުއިއްޒުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ އަދި ރޯލް މޮޑެލްގެ ދެލޮލުގެ ކޮއިފަދަ ދަރިފުޅު ފައިސަލް މަގާމުން ވަކިކޮށްލި ހިސާބުން ސަރުކާރު ރެދުލާ ފަޅިފަޅިވާނެ ކަމަށް ބެލެވުނެވެ. ރޯލް މޮޑެލް އަދުރޭގެ ބާރުތައް ނަގާ ސައިޒުކޮށް ތޯލާފުޅިއަކަށް ލުމުންވެސް ޗުއްޕުވެސް ނުބުނެ ހުންނަންޖެހުނީ ހަނެވެ. 

    ސްޓޭޓް މިނިސްޓަރ ޝަމްނާޒް ގާތްވާން ސިހުރު ހެދިކަމަށްވެ މަގާމުން ވަކިކޮށް ޖަލަށްލުމުން ވެސް ހުރީ އަނގަމަތީ ޓޭޕް އެޅިފައެވެ. ވައްކަމުގެ ބޮޑު ތުހުމަތެއްގައި މިނިސްޓަރ ފެންވަރުގެ އެމްޑީ ފަޒުލް މަގާމުން ވަކިކޮށް މުޅި އާއިލާގެ އަބުރުކަތިލާ ހެދީމާވެސް ހުރީ ހަނެވެ. ވަޒީރު ކަމުގައި ތިއްބާ މަޖުބޫރުކޮށްގެން އިސްތިއުފާ ހުށަހެޅުވި އެންމެންވެސް އެތިބީ އަނގަ ބަންދުކޮށްގެންނެވެ. ކުންފުނިތަކުގެ އެމްޑީން ގޮތުގައާއި އެނޫން އިސް މަގާމުތަކުގައި ތިއްބާ ވަކިކޮށްލި އެތައް ބަޔަކުވެސް ތިބޭތީ ފެންނަނީ ބަސް ހުއްޓިފައެވެ. 

    އެންމެ ފަހުން ހުތުރު ގޮތަކަށް މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރި ތަޖުރިބާކާރު ނުފޫޒުގަދަ ޕޮލިޓީޝަނެއް ކަމަށް ބުނާ އަހުމަދު ނާޒިމް ވެސް މުއިއްޒާ ޖެހުމުން އެހުރީ ކުޑަވެފައެވެ. އަދުރޭއެއް ނާޒިމެއް އެހެން މީހެއް ކިޔާނެކަމެއްނެތްތާއެވެ. އެތިބީ ސައިޒުވެ ތުން ބިމަށް ހަރައިގެންނެވެ.

    އިމިގްރޭޝަން ކޮންޓްރޯލަރަކަށް ހުއްޓާ ހައްޔަރުކޮށް ޖަލަށްލީ ޝައްމާނު ބުނެލިވަރުގެ ބަހެއްވެސް ބުނެނުލާ އެންމެން އެތިބީކީ ވާ ލޯތްބަކުން ނޫނެވެ. މުއިއްޒު ކޮށްފާ ނުކުރާނެކަމެއް ނޯންނާނެކަން އެނގޭތީ ގަންނާ ކުރައްވާ ބިރުންނެވެ.  

    ]]>
    Tue, 14 Jul 2026 17:16:08 +0500 މުއާޒު
    ދުނިޔެ ހޫނުވުމަށް ރާއްޖެ އަދިވެސް އޮތީ ނިދާފަ https://heerasnews.com/4396 https://heerasnews.com/4396 ޖައްވު ހޫނުވުމުގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވަމުން އަންނަނީ ހީނުކުރާހާ ބާރަށެވެ. މުޅި ޔޫރަޕް މިއަދު ހޫނާ ހަނގުރާމަ ކުރަނީއެވެ. ހޫނު ގަދަ ވުމުގެ ސަބަބުން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކު މަރުވެ ހިނގައްޖެއެވެ. މުޅި ޔޫރަޕާއި އެމެރިކާ ބައްރުގައި ހޫނުމިން ދުވަހަކުވެސް ނުދާހާ މައްޗަށް މިހާރުވަނީ ގޮސްފައެވެ. 

    ޕެސިފިކާއި އިންޑިއާ ކަނޑުގެ ސަރަހައްދުތަކަށް އެލްނީނޯގެ ބިރުވެރިކަން އަންނަނީ ފެތުރެމުންނެވެ. ކަނޑުގެ މަތީ ފަށަލަ ހޫނުވެ ޖައްވު ހޫނުވުން އޮބި ނޯންނަ ހިސާބަށް ދާކަށް މާ ގިނަ ދުވަހެއް ނެތެވެ. ބިންތައް ހަނަފަސްވެ ދަނޑު ފަނގު މިލާ މޯޅިވެ ހިކި މަރުވަމުން ދަނީ ހިތައްވެސް ނާރާހާ ބާރަށެވެ. ޖަންގަލިތަކުގައި ރޯވުމާއި ނައަމްސޫފިތަކާއި ޖަނަވާރުތައް ހިކި އަނަރޫފަވެ މަރުވަމުން ދަނީ މަދެއް ސުމާރެއްކޮށް ނޫނެވެ. 

    އިންސާނުނަށް ބާރު ނުފޯރާ ދަރަޖައަށް ދުނިޔެ ހޫނުވުމުގެ ނުރައްކާ ދަނީ ބޮޑުވަމުންނެވެ. ދުރާލާ އަޅާނުލެވި ފަރުވާ ކުޑަކުރުމުގެ ނަތީޖާއެވެ. އިންސާނުންގެ ބޭނުން ތަކަށް ފުދޭ ވަރަށްވުރެ ވަސީލަތް މަދުވެ އިންސާނުން ގިނައެވެ. ދުނިޔޭގައި ދިރިއުޅޭ އިންސާނުންގެ ތެރެއިން ގިނަ މީހުންނަކީ ބަލިމަޑުކަމާއި ހައި ހޫނުކަމުގައި އުޅޭ މީހުންނެވެ. 

    ހަނގުރާމައާއި ތަޅާފޮޅުމާއި ހުރެ ބިކަވެ ގޮތް ހުސްވެ ނުކުޅެދުންތެރިވެ ބަލިހާލާއި ހައިހޫނު ކަމުގައި އެތައް މިލިޔަން ބަޔަކު އެބައުޅެއެވެ. މި ހުރިހާ ކަމެއް ތަހައްމަލު ކުރަމުންވެސް އެފްރިކާގެ އެތައް ގައުމެއް ގުޅިގެން އެފްރިކަން ސަހަރާގައި ބައްރު ހުރަސްކޮށް ގްރޭޓް ގްރީން ވޯލެއް ނުވަތަ ގަސްތަކުގެ ބޮޑު ފާރެއް ބިނާ އެބަކުރެއެވެ. 1970ގެ އަހަރތަކުގެ މެދުތެރެއިން ފެށިގެން ބިނާކުރަމުން އަންނަ ގްރީން ވޯލްގެ ސަބަބުން އެ ސަރަހައްދަށް ފިނިކަން ލިބެން ފަށައިފިއެވެ. ދުވަހަކު ގަހެއްނެތް ސަހަރާގެ ބައެއް ގަހުން ފުރާލައިފިއެވެ. ބިންގަނޑުގެ ހަނަފަސްކަން ނެތި ދިރުން ހުރި ތާކަށް އެބަ ބަދަލުވެއެވެ. 

    އަނެއްކޮޅުން ޗައިނާގައި ވެސް ފެހި ބޮޑު ފާރެއް ދަނީ ބިނާކުރަމުންނެވެ. އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ޗައިނާގައި މިފަހަރު ބިނާކުރާ ބޮޑުފާރަކީ ހިލަޔާ ދަގަޑާ މައުދަނުގެ ބޮޑުފާރެއް ނޫނެވެ. ފެހިކަން ގަދަ ބޮޑެތިގަސްތަކުން ފުރާލެވިފައިވާ ބޮޑުފާރެކެވެ. ހަމައެހެންމެ އިންޑިޔާއިންވެސް ދުނިޔެ ހޫނުވުމުން ސަލާމަތްވާން ގިނަ ކަންތައްތަކެއް ކުރަން ވަނީ ފަށަފައެވެ.

    ހޫނުވުމާ ދެކޮޅަށް މުޅި ދުނިޔެ ތައްޔާރު ވާއިރު ރާއްޖެ އަދިވެސް އޮތީ ނިދާފައެވެ. ދޭތެރެއަކުން ނަމެއްގައި މިލިޔަނުން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށަނެއެވެ. ނަމެއްގައި ގަސްކޮޅެއް އިންދެނިކޮން ނިމުނީއެވެ. ހެއްދުމެއް ނޯވެއެވެ. އެންމެ ފަހުން ވެސް ފެށި ގަސް އިންދުމުގެ ޕްރޮގްރާމްގެ މިލިޔަން ގަސް އިންދާފައި ހުރީ ފްލާސްޓިކް ކުދި ގަސްމުށީގައި ސްޓެލްކޯ މަގުމަތީ ފާރުތަކުގެ ބިތުގައެވެ. އޭގެވެސް ބޮޑުބައެއްގެ ޖެހުނުތާ ލަކުނުވެސް މިހާރު ނެތެވެ. 

    ]]>
    Tue, 14 Jul 2026 12:26:49 +0500 މުއާޒު
    މުއިއްޒު ޓްރެފިކް އޮފީހެއް ހެދީ ސިޓީކައުންސިލާ ކޯޅެން https://heerasnews.com/4391 https://heerasnews.com/4391 ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ބޮޑުވެ މަތި ބަރުވަމުން ދާދިޔުމަށް އަނެއްކާވެސް އިތުރު ބުރައެއް އިތުރުކުރުން ބަލައެއް ނުގަނެވެއެވެ. މާލެ ސަރަހައްދުގެ ޓްރެފިކް ހަމަޔަކަށް އެޅުވުމުގެ ނަމުގައި ސަރުކާރުން އައު އިދާރާއެއް އުފެއްދުމަކީ ކުރާންފެށި އިތުރު އިސްރާފަކަށް ނޫނީ ނުވާނެއެވެ. އަލަށް އޮފީހެއް އުފައްދާ އެތަން ހިންގުމަށް ކުރަންޖެހޭ ހަރަދު އަހަރަކު އެތައް މިލިޔަން ރުފިޔާއެއް ހޭދަކުރަން ޖެހޭނެއެވެ. 

    ޓްރާންސްޕޯޓް މިނިސްޓްރީއެއް ހުންނައިރު ޓްރެފިކްގެ ކަންކަން ތަރުތީބުކޮށް ހިންގަން އިތުރު އިދާރާއެއް އުފެއްދުމުގެ ބޭނުމެއް ނެތެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ޓްރެފިކްގެ ގައުމީ ސިޔާސަތުތައް ތަންފީޒުކުރުމަށް ކައުންސިލްތަކާއި ޕޮލިހުން އެބަތިބެއެވެ. ޕޮލިހުންނާއި ކައުންސިލްތައް ގުޅިގެން ކޮންމެ ސަރަހައްދެއްގެ ޓްރެފިކްގެ މައްސަލަ ހައްލުކުރެވޭނެއެވެ. 

    މާލެ ސިޓީގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ނެތުމަކީ ކައުންސިލްގެ ގާނޫނީ ޒިންމާތައް ސަރުކާރުގެ ސީދާ ބާރުގެ ދަށަށް ގެންދިއުމަށް ސަރުކާރުން އައު އިދާރާއެއް އުފައްދަންޖެހޭ ސަބަބެއް ނޫނެވެ. ރައްޔިތުން ސަރުކާރާއި ކައުންސިލް އިންތިހާބުކުރަނީ ރައްޔިތުންނަށް ހިދުމަތްކުރާށެވެ. އެއްބަޔަކު އަނެއް ބައެއްގެ ދާއިރާއަށް އަރައިގަނެ ގަދައީ ކޮންބައެއްތޯ ބަލާކަށް ނޫނެވެ. 

    މާލެ ސިޓީގައި ހައްލުކުރަން ހުރި ބޮޑެތި މައްސަލަތައް ބައިވަރެވެ. ކޮންމެ ކަމަކަށް ސަރުކާރުން ވަކި އޮފީހެއް ހަދަންޖެހެންޏާ ހަދަން ހުރީ އެއް އޮފީހެއް ދެ އޮފީހެއްނޫނެވެ. ޒާތްޒާތުގެ އޮފީސް ހަދައިގެން ސިޓީ ކައުންސިލްގެ ގާނޫނީ ބާރުގެތައް ސަރުކާރަށް ނަގައިގެން ސަރުކާރުގެ ބުރަ ބޮޑުކުރަން އުޅުމުގެ ބޭނުމެއް ނެތެވެ. ސަރުކާރުން ވީހާވެސް ބޮޑަކަށް އެހެން ފަރާތްތަކަށް ޒިންމާތައް މަތިކޮށްގެން ކަންކަން ވިލަރެސް ކުރަން އުޅެފިނަމަ ނަތީޖާ މާރަނގަޅުވާނެއެވެ. 

    ކައުންސިލްތަކުން ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރަން އުޅުމަކީ ކައުސިލްތައް އޮތުމުގެ ބޭނުން ކެނޑިގެންދާނެ ކަމެކެވެ. ސިޔާސީ ފިކުރު ދިމާވިޔަސް ނުވިޔަސް ރައްޔިތުންނަށް ހިދުމަތްކުރުމަށް އެބަޔަކަށް ލިބިފައި އޮތް އިހުތިސޯސުން ބޭރަށް އެއްބަޔަކުވެސް ދިޔުމަކީ ދައުލަތް ހަރާބުވާނެކަމެކެވެ. މާލޭ ސަރަހައްދުގެ ޓްރެފިކްގެ ކަންކަމަށް ހާއްސަ އޮފީހެއް ސަރުކާރުން އުފައްދާ ހިންގުމުން އެހެން ނޫނީ ނުވާ އެތައް ބޮޑު ގެއްލުމެއް ދައުލަތާ ރައްޔިތަށް ވެގެން ދާނެއެވެ، 

    އަލަށް އުފެއްދި އޮފީސް ހިންގުމަށް އެތައް ބަޔަކަށް މުސާރަ ދޭން ޖެހޭނެއެވެ. އިދާރީ ހިންގުމަށް ލައްކަ ލައްކައިން ކޮންމެ މަހަކު ހަރަދުވާނެއެވެ. ހަމައެޔާއެކު ޓްރެފިކްގެ ކަންކަމުގައި އުޅޭ ފުލުހުންނަށް ކުރަންޖެހޭ ހޭދަވަކީން ކުޑައެއް ނުވާނެއެވެ. އަނެއްކޮޅުން ސިޓީ ކައުންސިލުން ވެސް ހަމަ އެގޮތުގައި ކުރާ ހޭދަތައް ކުރަމުންދާނެއެވެ.

    އާހިރުގައި ހުރިހާ ބުރައެއް އޮންނާނީ ދައުލަތާ ރައްޔިތުންނަށެވެ. އަނެއްކޮޅުން މުއައްސަސާތަކުގެ ކޯޅުމުގައި މާލެސިޓީގެ ޓްރެފިކްގެ ކަންކަން ހައްލުނުވެ ދުވަހެއް ދުވަހަކަށް ވާނީ ގޯހެވެ. 

    ]]>
    Mon, 13 Jul 2026 13:21:05 +0500 މުއާޒު
    މަގާމަށް ލޮނުވެލިނުހިކި ރައްޔިތުންގެ ނިންމުމަށް ގޮންޖެހި އީސީ ރައީސް https://heerasnews.com/4390 https://heerasnews.com/4390 ބޮޑު މަންޒަރު އެހުރެ އަންނަނީ ތިލަވަމުން ސާފު ވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި އެއޮތީ 2.0 ބިލެވެ. ރާއްޖޭގެ ކަންކަން ޑިޖިޓަލައިޒް ވުމުން ލާފުރާ ފުރިހަމަވީއެވެ. ޖަނާބު ބުނާހެން ކާނީވެސް ބޯނީވެސް ނިދާނީވެސް ޑިޖިޓަލް ކޮށެވެ. އޭރުން އޮންނާނީ ހަތަރެސްކަން ހަމަވެފައެވެ.

    ރާއްޖޭގެ އަބާދީގެ ބޮޑު ބަޔަކަށް އަދިވެސް އެއުޅެނީ އަތުގައި އޮންނަ ސްމާޓް ފޯނު ބޭނުންކޮށްގެން އަމިއްލަ އެކައުންޓުން ޓްރާންސެކްޝަނެއް ހަދާލަން ނޭނގިގެނެވެ. ބަޔަކަށް ލައްކައެކޭ ހީވިޔަސް ރާއްޖެ އަދި އޮތިއްޔަކީ އެ ހިސާބަކު ނޫނެވެ. އެހެނެކޭ ކިޔާފައި ޑިޖިޓަލައިޒް ކުރެވޭތޯ އުޅުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. 

    މައްސަލައަކީ ޑިޖިޓަލައިޒޭޝަނަކީ ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ކަށަވަރުކުރަން ކޮށާ މަގަކަށް ވުމެވެ. މުޅި ދައުލަތުގެ ނަޒާހަތްތެރިކަމާ ދޭތެރޭ މިހާބޮޑަށް ސުވާލު އުފެދުނު ޒަމާނެއް ރާއްޖެ ނުދެކެއެވެ. ކިތަންމެ ރަނގަޅަށް ކަމެއްކުރިޔަސް އިތުބާރު ނުކުރެވޭ ވަރަށް އިތުބާރު ގެއްލިފައިވާ ޒަމާނެއްގައި ޑިޖިޓަލައިޒޭޝަނެއް ކަމަކު އިތުބާރެއް ނުކުރެވެއެވެ. އިންސާނީ އަތްތަކާ ނުލާ އެކަންކަން ނުކުރެވޭތީއެވެ. 

    ރައީސް މުއިއްޒުގެ ސަރުކާރަކީ ނިޒާމުގެތެރެއިން ފާޅުގައި ވައްކަން ކުރާކަން ބޭޒާރުވެފައިވާ ސަރުކާރެކެވެ، އައިޑީ ކާޑުން ވައްކަންކޮށްގެން އެތައް ހާސް ބަޔަކު ޕާޓީއަށް ވައްދާ ޕާޓީ ބޮޑުކުރި ސަރުކާރެކެވެ. ހާމަކަން ބޮޑު އެ ބިޔަ ވައްކަން ބަލާ ފިޔަވަޅު ނޭޅުނު ސަރުކާރެވެ، ހިނގަހިނގާ ހުންނަ ކުންފުނިތައް ޝެއަރ ހޯލްޑަރުންނަށް ނޭނގި ހިއްސާދާރުން ބަދަލުކޮށްލާ ސްމާޓްވެރިން ހިމެނޭ ސަރުކާރަށް އިތުބާރު ކުރާނީ ކިހިނަކުން ހެއްޔެވެ.

    އޭތި މީތި ކިޔައިގެން 2.0 ގާނޫނު ފާސްކޮށްގެން ކުރާން އުޅޭކަމަކީ ރިޔާސީ އިންތިހާބު ވަގަށް ނެގުން ކަމަށް ބުނެއުޅެއެވެ، އެ މަންޒަރު އަންނަނީ ތިލަވަމުންނެވެ. ސަރުކާރުގެ ކުންފުންޏެއްގައި ހުރި ރަތްލާޖެހި ޕީއެންސީ މެންބަރަކު އެކުންފުނީގެ އެމްޑީކަމުން ވަކިކޮށް ޕާޓިން ކަނޑާލުމަށް ފަހު އިލެކްޝަން ކަމިޝަންގެ މެންބަރަކަށް ހަޖައްސާ ނިންމާލީ އިއްތިފާގަކުން ނޫނެވެ. 

    ރަތްލާޖެހި ޕީއެންސީ މެންބަރަކަށް އިލެކްޝަން ކޮމިޝަންގެ ރައީސްކަން ދީގެން ޖަހަން އުޅޭ ސަކަރާތަކީ ކޮބައިކަން ނޭނގިގެން ބަޔަކު ނޫޅެއެވެ. މަގާމަށް އައްޔަނު ކުރުމާއެކު އިލެކްޝަންސް ކޮމިޝަނަރ ދެއްކި ވާހަކައިން ވެސް އީސީ (ޕީއެންސީ) ރައީސް ޝަކީލާ މުއިއްޒު ހަވާލު ކޮށްފައިވާ ޓާސްކަކީ ކޮބައިކަން ވަރަށް ސާފެވެ. އާއްމު އިންތިހާބުތަކުގައި ޑިޖިޓަލް ވޯޓަށް ދިޔުމުގެ ހުރަހެއް ނެތްކަން މަގާމަށް ލޮނުވެލި ނުހިކެނީސް ޝަކީލަށް އެނގިއްޖެއެވެ. 

    އަނެއްކޮޅުން އިންތިހާބުތައް އެއްކުރަން ރައްޔިތުން ނޫނެކޭ ބުނެފައިވަނިކޮށް އެކަމާ ދިމާ ދެކޮޅަށް އިސީގެ ރައީސް ވާހަކަ ދެއްކުމުން ވާން މިއުޅެނީ ކީއްކަން އެގޭހާވެއެވެ. އިންތިހާބުތައް އެއްކުރަން ވިސްނުމަށް މަޖިލީހުގެ މެންބަރުންނަށް ޕީއެންސީ އެކްޓިވިސްޓް އީސީ ޝަކީލް ގޮވާލުމުން އިންތިހާބުތައް އެއްކޮށްގެން އީވޯޓްގެ ތެރެއިން އިންތިހާބުތައް ހިލާލުމުށް އަމާޒު ހިފާފައިވާކަން ކަށަވަރު ވެއެވެ.

    އީސީ ޝަކީލު އެހުރީ އެކަން ކޮށްދޭން މުއިއްޒާ ބައިއަތު ހިފައިގެންކަމަށް ގިނަބަޔަކު ދެކެއެވެ. ރެޔަކާ ދުވާލުން ސިޔާސީ ފިކުރުނެރެ އެއްލައިލިކަމަށް ދެއްކިގެން ހުރި ރަތްލާޖެހި ޕީއެންސީ އެކްޓިވިސްޓަކު އިލެކްޝަންސް ކަމިޝަނުގެ ރައީސް ކަމުގައި ކޮށްފާ ނުކުރާނެ ކަމެއް ނުއޮންނާނެއެވެ. 

    ]]>
    Sun, 12 Jul 2026 19:10:30 +0500 މުއާޒު
    ކުޑަކުއްޖަކު ރަހީނުކޮށް ޖިންސީ ގޯނާކުރި ފިރިހެނަކު ހައްޔަރުކޮށްފި https://heerasnews.com/4389 https://heerasnews.com/4389 ރަހީނުކޮށްގެން އުޅޭކަމަށް ބުނެ އަންހެން ކުއްޖަކު އެމެރިކާ މޮންރޯ ކައުންޓީ ފުލުހުންގެ އިމަޖެންސީ ނަންބަރަށް ގުޅައި ރިޕޯޓުކުރުމާ ގުޅިގެން، ކްރިސްޓޮފަރ މައިކަލް ވައިޓް ނަމަކަށް ކިޔާ އުމުރުން 53 އަހަރުގެ ފިރިހެނަކު އެމެރިކާގައި ވަނީ ހައްޔަރުކޮށްފައެވެ.

    ޖޫން މަހުގެ 21 ވަނަ ދުވަހު ޔޫއެސްއޭގެ މޮންރޯ ކައުންޓީގެ ޝެރިފް އޮފީހުގެ ފަރާތުން އެ ގެއަށް ދިޔައީ، ނަން ހާމަކޮށްފައިނުވާ ފުރާވަރުގެ އަންހެން ކުއްޖަކު އޭނާ ރަހީނުކޮށްފައިވާ ކަމަށް ބުނެ ފޯނުން ގުޅުމުންނެވެ. ފުލުހުން އެތަނަށް ދިޔައިރު، އެ ކުއްޖާ ފެނިފައިވަނީ ހެދުން ހިއްކާ މެޝިނެއްގެ ތެރޭގައި އޮއްވައެވެ. އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި ވަނީ ހޮސްޕިޓަލަށްވެސް ގެންގޮސްފައެވެ.

    ތަހުގީގަށް އެނގިފައިވާ ގޮތުގައި، ކްރިސްޓޮފަރ މައިކަލް ވައިޓް ވަނީ އެ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގާފައެވެ. އަދި އެ ކުއްޖާ އެތަނުން ދާން ބޭނުންވުމުން، އޭނާ ވަނީ އެ ކުއްޖާ ހިފަހައްޓައި، ފޯނު އަތުލުމަށްފަހު ހިއްކާ މެޝިނަށް ލާފައި ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

    މީގެ އިތުރުން، އެ މައްސަލައިގެ ހެކި ހޯދުމަށް ފުލުހުން އެ ގެ ބަލައި ފާސްކުރިއިރު، އެތަނުން ސައްހަ ނޫން ފައިސާ (ވަގު ނޫޓު) ފެނިފައިވާތީ، އެމެރިކާގެ ސީކްރެޓް ސާވިސްއަށް ވެސް އެކަން ވަނީ އަންގާފައެވެ.

    ރިޕޯޓް ލިބޭގޮތުގައި އެ ކުއްޖާއަކީ އެހެން ސްޓޭޓަކަށް ނިސްބަތްވާ ކުއްޖެކެވެ. އަދި އެ ކުއްޖާއާ އެ މީހާއާ ދިމާވީ ކިހިނެއްކަން އަދި ސާފެއް ނުވެއެވެ.

    ވައިޓް ހައްޔަރުކޮށްފައި ވަނީ ހަމަ އެ ދުވަހުއެވެ. އޭނާގެ މައްޗަށް ކުޑަކުއްޖަކު ރަހީނުކުރުމާއި، ކުޑަކުއްޖެއްގެ ބެލެނިވެރިކަމަށް ހުރަސްއެޅުމާއި، އަދި ކުޑަކުއްޖަކާ އެކު ގައިރު ގާނޫނީ ޖިންސީ އަމަލު ހިންގުމުގެ ދައުވާ ވަނީ އުފުލާފައެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ވަރަކަށް އިތުރު ދައުވާތައް ކުރެވޭނެ ކަމަށް ބެލެވެއެވެ.

    ]]>
    Sat, 11 Jul 2026 17:58:08 +0500 މުއާޒު
    65 އަހަރުވުމަކީ ދިރިއުޅުން ނިމުމުގެ ލައިސަންސެއް ނޫން https://heerasnews.com/4388 https://heerasnews.com/4388 65 އަހަރުވުމަކީ ނުވަތަ ރިޓަޔަރ ކުރުމަކީ ދިރިއުޅުމުގެ ނިމެއް ނޫނެވެ. ހަރަކާތާއި މަސައްކަތް ހުއްޓާލާ އަތް އުރާލައިގެން ތިބެންޖެހުމެއްވެސް ނޫނެވެ. ތިމާމެން ބެލެހެއްޓުން އެހެން ބަޔަކާ މަތިވުމެއް ވެސް ނޫނެވެ. ހަރަކާތް ހުއްޓާލާ އަރާމާ އުފާތައް ދޫކޮށް މަރުނޫން އެހެން ކަމެއް ނެތްކަމަށް ދެކި ތިމާގެ ހަޔާތް ނިމުނީކަމަށް ގަބޫލުކުރަންޖެހޭ ސަބަބެއް ވެސް ނޫނެވެ. 

    65 އަހަރުވުމުން މަސައްކަތް ހުއްޓާލާ އެހެން ބައެއްގެ ބެލެހެއްޓުމުގެ ދަށުގައި ތިބެންޖެހޭ ކަމަށް ގަބޫލު ކުރުމަކީ ބަލި މަޑުކަމަށް ހުށަހޮޅި އުމުރު ކުރުވާ ކަމެކެވެ. ކަންނެތްވެ ނާއުންމީދު ވާކަމެކެވެ. 65 އަހަރު ވުމަކީ ބަލި އެނދުގައި ހޮޅިތައް ގުޅައިގެން އޮތުމުގެ އުމުރުފުރާ ކަމަށް ގަބޫލުކުރެވުމަކީ ވަރަށް ދެރަކަމެކެވެ. މިގޮތަށް ގަބޫލުކުރަނީ ހަމައެކަނި 65 މަތިވާ މީހުން އެކަންޏެއް ނޫނެވެ. އާއްމުކޮށް ދިވެހި ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް ގަބޫލުކުރާ ގޮތުގައި 65 އަހަރުވުމުން އެ މީހަކު އެހުރީ ނިމިފައެވެ. 

    އުމުރު 60އިން މައްޗަށް ދިޔުމުން މުޖުތަމައުގައި އެމީހަކު އެހުރީ ބޭކާރުވެފައިކަމަށް ދެކެނީ މަދު ބަޔަކު ނޫނެވެ. ސިޔާސަތު ކަނޑައެޅުމާއި މުސްތަގުބަލަށް ރޭވުމުގައި 65 އަހަރުން މަތީގެ މީހުންގެ ބޭނުމެއް އޮންނަންވާނެ ކަމަކަށް ގިނަ ބަޔަކު މިހާރު ގަބޫލެއް ނުކުރެއެވެ. މުޅި މުޖުތަމައުގެ ނިޒާމް ތަރުތީބުވެ ބައްޓަންވަމުން ދަނީ މުސްކުޅިކުރުމާއި ބާކީ ކުރުމާ ދިމާލަށެވެ. 

    އުފެއްދުންތެރި ތަޖުރިބާކާރު އިލްމީ އެތައް ބަޔަކު އިޖުތިމާއީ ހިދުމަތުން މިއަދުވެސް ތިބީ ބޭރުކޮށް ލެވިފައެވެ. ރިޓަޔަރ އުމުރަށް ދާމީހެއްގެ ހިޔާލާ ފިކުރުވެސް މުސްކުޅިވެ މުޖުތަމައުން އެމީހާ ބަލައެއް ނުގަނެއެވެ. މުޖުތަމައުގައި މުސްކުޅިންނަކީ ބަލި އެނދުގައި ނުވަތަ ޑޭކެއަރ ސެންޓަރު ތަކެއްގައި ތިބެން ޖެހޭ ބައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރުމުން ގައުމީ ހިދުމަތުން ޖީލެއް ބާކީ ކޮށްލެވެނީއެވެ. 

    އަނެއްކޮޅުން މުޖުތަމައާއި އާއިލާ އުފުލަންޖެހޭ ބުރަޔަކަށް މުސްކުޅިން ވެގެން ދަނީއެވެ. ދައުލަތުގެ ވެލްފެއަރ ނިޒާމަށް އޮތް ބުރައަކަށް އުމުރުން ދުވަސްވީ މީހުން ވެދެއެވެ. ރިޓަޔަރ ކުރުމުން މުޖުތަމައުން ބާކީކުރާ ވިސްނުން އަށަގެންފައި ވާވަރުން 65 ފަސް އަހަރުވުމުން އަމިއްލައަށް ބާކީވެ ގަންނަ ހީވާގި ހަރަކާތްތެރި މީހުން ވެސް މަދެއް ނޫނެވެ. 

    އަމިއްލަ ކަންކަމަށް ބޭނުންވާ ހަރަދު ބަރަދު ހަމަޖައްސަން ދައުލަތަށް ނުވަތަ އެހެން ބަޔަކަށް ބަރޯސާވުމާއި ދަރިންނަށް ބަރޯސާވުން ވަނީ އާއްމުވެފައެވެ. ކުރެވޭވަރުގެ ކަންކަން ކުރުމަކީ ވެސް ނުކުރެވޭ ކަމަކަށްވެ މަރުވާން ދުވަސް ގުނާލަ ގުނާލާ ތިބުން އާއްމުވެއްޖެ ކަހަލައެވެ. ހަށިގަނޑުގެ ދުޅަހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓަން ހަރަކާތްތެރިވުމުގެ އުންމީދެއް ވެސް ނެތް ކަހަލައެވެ.

    އަނެއްކޮޅުން ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން އުމުރުން 40 އަހަރު ނުވަނީސް ގިނަ މީހުން ކޮންމެވެސް ބައްޔަކަށް ދާއިމީ ބޭސް ކައެވެ. އެހެން އެކަން އޮތުމުން ހަގީގަތުގައި ވެސް 65 އަހަރު ނުވަނީސް ވެސް ގިނަ ދިވެހިންނަށް ދިރިއުޅުމުގެ އުންމީދު ކެނޑެއެވެ. ގިނަ ބަޔަކަށް އަބަދުމެ ޖެހެނީ ފާޑުފާޑަށް ހޮޅިގުޅައިގެން އެނދުމަތިވެ އޮންނާށެވެ.

    ރާއްޖޭގައި އޮންނަ މުސްކުޅިކުރުމުގެ ވިސްނުމާއި ނިޒާމުގެ ތެރެއިން ދިރިއުޅުމުގެ އުންދު އެކީ އެކައްޗަކަށް ކަނޑުވާލައެވެ. 65 އަހަރުވުމަކީ މީހެއްގެ ހަޔާތުގެ ނިމުން ކަމަށް މުސްކުޅިކުރެވޭ މީހާއި މުޖުތަމައުން ގަބޫލު ކުރެވެއެވެ. އެ ވިސްނުން ބަދަލުވާން ޖެހެއެވެ. ރިޓަޔަރ ކުރުމުން ނުވަތަ 65 އަހަރުވުމުން ހަރާކާތްތެރިކޮށް އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅޭ ދުޅަހެޔޮ ބަޔަކަށް އެ އުމުރުފުރާ ހަދަން ޖެހެއެވެ. ފުރަތަމަ ޖެހެނީ ދެކޭގޮތް ބަދަލުކޮށްލާށެވެ. 

    65 އަހަރުން މަތީގެ މީހުންނާ މެދު ވިސްނާ ވިސްނުން ސޯޝަލް ވެލްފެއަރއާއި ބޭސްފަރުވާއާއި ޑޭކެއަރ ސެންޓަރތަކާ ހަމައިން ނިންމޭކަށް ނެތެވެ. ހަރަކާތްތެރި މުރާލި އަމިއްލަ ފައިމައްޗަށް ތެދުވެ ތިބޭ ދުޅަހެޔޮ އުމުރުފުރައަކަށް 65 މަތީގެ މީހުން ހެދުމަށް ފަހި މުޖުތަމައަކަށް ދިވެހި މުޖުތަމައު ވާންޖެހެއެވެ. ސިޔާސަތުތަކާއި ގަވައިދުތަކާއި ގާނޫނުތަކާއި އެކު ވަށާޖެހޭ އަވަސް އަމަލީ ފިޔަވަޅުތަކެއް ކޮންމެހެން ބޭނުމެވެ. ދުވަސްވީ މީހުންނަކީ ބޭކާރު ބަޔަކަށްވެ ދައުލަތަށް އޮތް ބުރައަކަށް ނުވާނޭ ގޮތަށް ކަންކަން ތަރުތީބު ވާން ޖެހެއެވެ. 65 އަހަރުވުމަކީ ދިރިއުޅުން ނިމުމުގެ ލައިސަންސް ކަމަށް މުޖުތަމައު ގަބޫލުކުރާ ކުރުން ބަދަލުވާން ޖެހެއެވެ.   

    ]]>
    Sat, 11 Jul 2026 14:42:59 +0500 މުއާޒު
    ހާމަނާއީ ޖަނާޒާ: ޓްރަމްޕާއި ނަތަންޔާހޫ ދިޔަސް މުއިއްޒެއް ނުދާނެ! https://heerasnews.com/4381 https://heerasnews.com/4381 ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. ކުޑަ ކުއްޖަކުވެސް ގަބޫލު ނުކުރާ ކަހަލަ ދެއުޅިއެއްނުވާ ވާހަކަ ސަރުކާރުން ދެއްކީމާ ގަބޫލުކުރާނީ ކާކު ހެއްޔެވެ. ފިނޑި ކަމުގެވެސް އިންތިހާއެވެ. ހަގީގަތަށް ވާހަކަ ދައްކަން ނުކެރިގެން ކޮންމެހެން އާދަމުގެ ފާނޭ ފަޅޮލޭ ކިޔާނެކަމެއް ނެތެވެ. 

    އީރާނުގެ ރޫހީ ލީޑަރ އާޔަތުއްލާ ހާމަނާއީގެ ޖަނާޒާގައި ރާއްޖޭން ބައިވެރިނުވީ ނުވާން ވެގެންނެވެ. ވާން ބޭނުން ނެތިގެންނެވެ. އެމެރިކާއާއި އިޒުރޭލް ދެކެ ގަންނާ ކުރައްވާ ބިރުން ޖަނާޒާގައި ބައިވެރި ނުވިއްޔޭ ބުނެބަލާށެވެ. 

    އިސާލާމީ ދައުލަތެއްގެ އެންމެ މަތީވެރިޔާގެ ޖަނާޒާގައި ސަފީރުން ފެންވަރުގައި ވެސް ރާއްޖޭން ބައިވެރިވާން ނިންމާފާ ނުވާކަން ވަރަށް ސާފެވެ. ކޮންމެވެސް ގައުމެއްގައި ހުންނަ ކޮންމެވެސް ސަފީރެއް ފޮނުވަން ނިންމީއޭ ސަރުކާރުގެ ތަރުޖަމާނު ބުނި ހިސާބުން މާ ރަނގަޅަށްވެސް އެ ޖަނަޒާގައި ރާއްޖޭން ބައިވެރިވާން ނެތްކަން އެނގުނެވެ.

    ނޫސްވެރިންގެ ސުވާލުތަކަށް ތަރުޖަމާނު ދިން ޖަވާބު ހަލާލުކުރަން ހާރިޖިއްޔާއިން ބަޔާނެއް ނެރުނަސް އޭރު ގެރި މަރުވެއްޖެއެވެ. ފެންގަނޑު ކުނި ވެއްޖެއެވެ. ސަރީރޭ ޕްރޮޓްކޯލޭ ސްޓޭޓް މިނިސްޓަރޭ ފަހުގެ ތާރީހޭ އިޜާނުގެ ލަފައޭ ކިޔައިގެން މަތި އޮމާން ކުރާކަށް އުޅޭނެ ކަމެއް ނެތެވެ. 

    ފެށުނީއްސުރެ މުއިއްޒު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން މުއިއްޒު ސަރުކާރަކީ ޔަހޫދީންގެ ބައިވެރިއެއްކަން ރައްޔިތުންނަށް ވަރަށް ސާފެވެ. އިޒްރޭލް ޕާސްޕޯޓް ބޭން ކުރުމުގެ ކަންތަކުގައި ގެންގުޅުނު އިޔަހޫދީ ގޮތް ގަނޑުން އެކަނިވެސް އެއްޗެއް ރައްޔިތުންނަށް ވިސްނޭނެއެވެ.

    އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާ ދިނުމުން ރާއްޖޭގެ ސަރުކާރުގެ އަމަލުތައް ހުރިގޮތްވެސް އޮތީ ފެންނާށެވެ. އީރާނުގެ އެތައް ސަތޭކަ ކުޑަކުދިންނާއި ރޫހީ ލީޑަރ ހާމަނާއީ ޝަހީދުކޮށްލުމުން މުއިއްޒު ސަރުކާރުން ކަންތައް ކުރިގޮތް ވެސް ފެންނަން އެ އޮތީއެވެ.

    ތައުޒިޔާގެ މެސެޖެއް ފޮނުވާނުލާތާ ބައިދަނޑިއަށް ދިދަވެސް ތިރިކޮށްލަން ނުކެރުނެވެ. ގައިރު މުސްލިމު ގައުމުތަކުގެ ވެރިން އަވަހާރަވުމުންވެސް ބައިދަނޑިއަށް ތިރިކުރާ ދިދައެއް ހާމަނީ ޝަހީދު ކޮށްލުމުން ތިރިކޮށްލަން ނުކެރުނެވެ. 

    ރައްޔިތުންގެ ޕްރެޝަރ ބޮޑުވެ ގޮތް ހުސްވެގެން ވެސް ހަނގުރާމަ ކުއްވެރިކުރީ އިޒްރޭލާއި އެމެރިކާގެ ނަންގަނެލަން ނުކެރި ހުރެއެވެ. އަނެއްކޮޅުން އަރަބި ގައުމު ތަކުގައި ހުރި އެމެރިކާގެ ބޭސްތަކަށް އީރާނުން ދިން ހަމަލާތައް މުއިއްޒު ކުއްވެރިކުރީ އީރާނުގެ ނަންކިޔާފައެވެ.

    އެހާވަރަށް މުނާފިގުކަން ފާޅުކުރި ސަރުކާރަކުން ހާމަނާއީގެ ޖަނާޒާގައި ބައިވެރި ނުވާނެކަމީ ޝައްކެއްނެތް ކަމެކެވެ. ހާމަނާއީގެ ޖަނާޒާގައި ޑޮނަލްޑް ޓްރަމްޕާއި ނަތަންޔާހޫ ބައިވެރިވި ނަމަވެސް މުއިއްޒަށް ބައިވެރިވާކަށް ނުކެރޭނެއެވެ. މުއިއްޒަކީ ދީން އައްޑަނައަކަށް ހަދައިގެންއުޅޭ ޔަހޫދީ އެޖެންޓެކޭވެސް މީހުން ކިޔައެވެ.  

    ]]>
    Thu, 09 Jul 2026 08:00:00 +0500 މުއާޒު
    މުއިއްޒުގެ މެގަ ޕޮރޮޖެކްޓް | ސޯލަރ ސިޓީ ގެ ހިލަންވެސް ނެތް https://heerasnews.com/4378 https://heerasnews.com/4378 ރާއްޖޭގައި ހަކަތަ އުފެއްދުމަށް ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް ސޯލަރ ސިޓީއެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސޯލަރ ސިޓީގެ ވާހަކަ ވިދާޅުވިތާ ދުވަސްގަނޑެއް ފަހުން ބަޔަކާ އެ މަސައްކަތް ހަވާލު ކުރިތަން ފެނުނެވެ. 

    ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް ތިލަވި ކުއްލި މެގަ ޕަރޮޖެކްޓެއްގެ ގޮތުގައި 2025ގެ އެޕްރީލް މަހު ބަޔަކާ އެ މަސައްކަތް ހަވާލުކުރިއެވެ. ސޯލަރ ސިޓީ މެގަ ޕްރޮޖެކްޓްގައި ރަސްމީކޮށް ސޮއިކޮށް ބަޔަކާ ހަވާލުކުރީ މީގެ 1 އަހަރު ކުރީން 1 ޖުލައި 2025 ގައެވެ. 

    ކެނެޑާގެ "އެބްރަކްސަސް ޕަވަރ" އާއި އެކު ސަރުކާރުން ސޮއިކުރި ފަހުން ވެސް އަހަރަކަށްވުރެ ގިނަވެއްޖެއެވެ. 100 މެގަ ވޮޓްގެ ހަކަތަ އުފެއްދޭނެ ނިޒާމެއް ސޯލާސިޓީގައި ގާއިމު ކުރުމަށް ވަނީ އެއްބަސްވެފައެވެ. މާލެ އާއި ކައިރި ފަޅެއްގައި ތަރައްގީ ކުރަން އެއްބަސްވެ ސޮއިކޮށްފައިވާ ސޯލަރ ސިޓީގެ ހިލަން އެއްބަސްވުމަށް އަހަރުވެގެން ދިޔައިރުވެސް ނުވެއެވެ. 

    ޕްރޮޖެކްޓުގެ ދަށުން އުފައްދާ ހަކަތަ ސްޓެލްކޯގެ ނެޝަނަލް ގްރިޑާ ގުޅައިލާނެ ވާހަކައާއި ރާއްޖެއިން ތެލަށް ކުރާ ހަރަދުން 45 މިލިޔަން ޑޮލަރ އަހަރަކު ސަލާމަތް ކުރާނެކަމަށް ބުންޏެވެ. 

    އެވްރެކް މެގަ ޕްރޮޖެކްޓް: އެބްރެކްސަސް ޕަވަރ ހިންގާ ޕްރޮޖެކްޓެއް 

    އެގްރިމަންޓްގައި ސޮއިކުރި އިރުވެސް ހަދާނިމިފައި އޮތް މާސްޓަރ ޕްލޭނާއި ސްޓެލްކޯގެ ނެޝަނަލް ގްރިޑާ ގުޅާލުމަށް ބޭނުންވާ ރޭވުންތައް ނިމިފައި އޮތް ސޯލަރ ސިޓީ މެގަ ޕްރޮޖެކްޓް ފެނުން ތޮޅެލާތަންވެސް ނުފެނެއެވެ. އީއައިއޭ ހަދާނިމި 2025ގެ ނޮވެމްބަރ މަހު ހިއްދަދީފައިވާ ފަޅުގެތެރެއަށް ސޯލަރ މެގަ ސިޓީ ގިރި ހުސްވެ ހުދުކާފޫރަށްވެ ނިމުނީ ހެއްޔެވެ.

    ކުޑަ ބަޑޮހުގެ ކުރި މަތީގައި އެއޮތް ފަޅުގައި ހަރަކާތެއް ހިނގާތީއެއް ނުފެނެއެވެ. ހަމަ ގައިމު ކުޑަވެސް ކަމެއް ހިނގާނަމަ ރައީސްގެ ލަފާފުޅާއި އިރުޝާދުފުޅުގެ ދަށުން ކުރެވޭ މޮޅުކަމެއްގެ ގޮތުގައި ކުލީ ގަލަންތަކާއި ރީލޯޑް ބޮޓުން އެ ވާހަކަ ނުދައްކައެއް ނުތިބޭނެއެވެ. 

    ]]>
    Wed, 08 Jul 2026 23:28:05 +0500 މުއާޒު
    މާލެސީޓގެ އެމްޑީޕީ ކައުންސިލް، ޕީއެންސީއަށްވުރެ ޕީއެންސީ! https://heerasnews.com/4375 https://heerasnews.com/4375 އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލްގެ ސްޕަރމެޖޯރިޓީއާއި މާލޭ މޭޔަރކަން ދިނީ ވައްކަން ފޮރުވާކަށް ނޫނެވެ. ހިނގާ ނިމިފައިވާ ބޮޑެތި ކޮރަޕްޝަންތަކުގައި މަތިއަޅާ ނުހިނގާ ކަމަކަށް ހަދާކަށްވެސް ނޫނެވެ. އެކްޓިވިސްޓުން ތަކަކަށް ބޮޑު މުސާރައާއި އިނާޔަތް ދޭކަށްވެސް ނޫނެވެ.

    އެމްޑީޕީއަށް މާލެސިޓީ ކައުންސިލްގެ ސްޕަރމެޖޯރިޓީ ދިނީ މާލެ ސިޓީ ކައުންސިލްގައި ހިންގާފައިވާ ޖަރީމާތައް ބަލާ ފިޔަވަޅު އެޅުމަށެވެ. އެމްޑީޕީގެ މޭޔަރަކު އެކަނި ހުރެގެން ޕީއެންސީ ކައުންސިލަރުން ހުރަސް އަޅާތީ ކައުންސިލުން ކަރަޕްޝަންގެ މައްސަލަތައް ބެލޭނެ ގޮތް ހެދުމަށެވެ.

    މާލެ ސިޓީ ކައުންސިލްގެ މޭޔަރ ކަމުގައި ޑރ. މުއިއްޒު ހުންނެވި އިރު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންތައް ރައްޔިތުންނަށް ނިކަން ރަނގަޅަށް ސާފުވާން ބޭނުންވެއެވެ. ބަލާ ފިޔަވަޅު ނޭޅުނަސް ކުޑަމިނުން އެކަން ކަމުގެ ހަގީގަތް ހާމަކޮށް އެނގެން ބޭނުންވެއެވެ.

    ކުރިން ބުނަމުން އައީ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކު އެކަނި ހުރުމުން އެކަން ނުވެެގެން އުޅެނީ ކަމަށެވެ. ޕީއެންސީ މެޖޯރިޓީ އޮތް ކައުންސިލެއް އޮވެގެން އެކަންކަން ވިޔަ ނުދެނީ ކަމަށް އޭރު ބުނަމުން ދިޔައެވެ. 

    މާލެ ސިޓީ ކައުންސިލްގެ ކޮންމެ މައްސަލައެއް ވެސް ހިފެހެއްޓުމެއް ނެތި ބެލޭގޮތަށް އެމްޑީޕީއަށް މިހާރު އޮތީ ސްޕަރ މެޖޯރިޓީ ދީފައެވެ. ބޭނުން ގޮތަކަށް މައްސަލަތައް ބަލާ ހާމަ ކުރުމަކަށް އެއްވެސް ހުރަހެއް މިހާރަކު މާލޭސިޓީ ކައުންސިލަކަށް އޮވެގެން ނުވާނެއެވެ. ބަހަނާ ދައްކާކަށް މިހާރަކު ފުރުސަތެއް ނެތެވެ.

    ރައީސް މުއިއްޒު މޭޔަރކަމުގައި ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ބޮޑެތި ކޮރަޕްޝަންތައް ރައްޔިތުންނަށް ރަނގަޅަށް ސާފުކޮށްދޭން ޖެހެއެވެ. ރައްޔިތުން އެެއްވާނަކަށް ނިކުމެ މާލޭ ސިޓީ ކައުންސިލަށް އެމްޑީޕީ މެންބަރުން ހޮވީ ގައުމީ މަސްލަހަތޭ ބުނެ ކަންކަން ސިއްރުކުރާކަށް ނޫނެވެ. 

    މުއިއްޒު ގެ މޭޔަރކަމުގައި މާލޭން ވިއްކި ޕާކިން ސްލޮޓްތަކާއި އެތެރެކުރި ކަދުރު ރުކުގެ ޑީލާއި އާސަހަރާ މިސްކިތުގެ ކޮރަޕްޝަނާއި ގަސްވިއްކި ހިޔާނާތާއި ވަގު ބިޑްތަކާއި ބިންތައް ދޫކޮށްގެން ހިންގާފައިވާ ވައްކަންތަކުގެ ތެދު ހަގީގަތް ރައްޔިތުންނަށް އެނގެން ބޭނުމެވެ. ސާބިތުވުމާ ނުވުމާއި އަދަބު ލިބުމާއި ނުލިބުމަކީ މުޅިން އެހެން ކަމެކެވެ. 

    ދައުލަތުގެ މާލީ މަސްލަހަތު ހިމާޔަތް ކުރުމުގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ތިޔަ ހިމާޔަތް ކޮށްދެނީ މޭޔަރ މުއިއްޒެވެ. ހަމަތެދެކެވެ. އިންތިހާބު ކޮށްދިން ރައްޔިތުންގެ މޫނުގައި ކޮރަޕްޝަންތައް ފޮރުވާ ދީގެން ތަފާލެއް ޖެހުން ބަލައެއް ނުގަނެވެއެވެ. މިހާ އަވަހަށް މަގާމަށް ހޮވި މަގުސަދު އޮޅި މުއިއްޒުގެ ޖަރީމާތައް ފޮރުވާ ދިނުމުގައި މާލެ ސީޓގެ އެމްޑީޕީގެ ކައުންސިލް ޕީއެންސީއަށްވުރެ ޕީއެންސީއެވެ. 

    ]]>
    Wed, 08 Jul 2026 13:47:11 +0500 މުއާޒު
    ހުވާކުރިތަނުން އަޒުލުކުރެވުނުނަމަ މިހާލެއް ނުޖެހުނީސް https://heerasnews.com/4373 https://heerasnews.com/4373  

    ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން ދެ އަހަރެއްހާ ދުވަހު ގައުމަށް އާމްދަނީ ލިބުން މުޅިންހެން ހުއްޓުނެވެ. ނަމަވެސް ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ބަނޑަށް ޖެހުނަނުދީ ހިފެހެއްޓުމަކީ ސަރުކާރެއް އޮތުގެ ބޭނުމެވެ. ކިތަންމެ ދަތި ހާލެއްގައިވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭތޯ ބެލުމަކީވެސް ސަރުކާރަށް ކުރަންޖެހޭ ކަމެކެވެ.

    ކޮވިޑްގެ ރިލީފް އެއިޑްގެ ގޮތުގައި ލިބުނު މަދު ފައިސާކޮޅަކާއި ހޯމްސްޓޭ ހިދުމަތުން ލިބުނު ކުޑަކުޑަ އާމްދަނީއެއް ފިޔަވައި ލިބުނު އެއްޗެއްނެތި ކުރީ ސަރުކާރުގެ ވެރިކަމުގެ މުއްދަތުން ދެ އަހަރު ދިޔައެެވެ. އާމްދަނީ ލިބުނަސް ނުލިބުނަސް ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ބަޑަށްޖެހުނަނުދީ ރައްޔިތުންގެ ކަންކަން މެނޭޖުކޮށް ބެލެހެއްޓުމަކީ އޭރަކު އޮންނަ ސަރުކާރަކަށް ލާޒިމުކަމެކެވެ.

    ފުރާނަ ސަލާމަތްކޮށްދީ ބަޑަށް ޖެހުނަ ނުދިނުމަކުން ނުނިމެއެވެ. ބޭނުންވާ ކަންކަން ފުއްދާދެވެން އޮތް ގޮތެއް ހޯދައިގެން ރައްޔިތުންގެ ބޭނުންތައް ފުއްދާ ދިނުމަކީ ދޫކޮށްލެވޭކަށް އޮތްކަމެއް ނޫނެވެ. އާމްދަނީ ދަށްވުމަކީ ރައްޔިތުންގެ ކަންކަން ނުކޮށްދީ ފަރުޖެއްސޭނެ ކަމެއް ނޫނެވެ.

    ވެވެން އޮތް ގޮތެއް ހޯދައިގެން ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށްދީ ހާލުގައި ޖެހުނަނުދީ ބައިތިއްބައިގެން ބޭނުންތައް ފުއްދާދެވެންޖެހެއެވެ. އެކަންކަން ކުރުމަށް އޭރު އޮތް ސަރުކާރަށް އޮތްހާވެސް ގޮތަކީ ލޯނު ނެގުމާއި ފައިސާ ޗާޕްކުރުމެވެ. 

    ރައްޔިތަކަށް ލުޔެއް މޮޅެއް ވާނެ އެއްވެސް ކަމެއްކޮށް ނުދީ ވެރިކަމުގެ ލައްޒަތާއި އިއްޒަތުގައި ދައުލަތް ދަވާލަން މުއިއްޒު ސަރުކާރަށް އެބަ އޮވެވެއެވެ. މުއިއްޒު ސަރުކާރަށް މިއަދު އޮވެވެނީ ކުރީ ސަރުކާރުން ލޯނުނަގާ ފަައިސާ ޗާޕް ކޮށްގެންވެސް ގައުމާއި ރައްޔިތުން ނަގަހައްޓާ ދެމެހެއްޓީތީއެވެ. 

    ބޮޑެތި ދަރަނިތައް ހުރިކަމާއި އެދަރަނިތައް އަދާކޮށް ދައުލަތް ހަމަ މަގަށް އަޅުވަން އިތުރު ދައުރެއް ދިނުމަށް ރައްޔިތުންގެ ކިބައިން އެމްޑީޕީން އެދުނެވެ. ކުރުމުއްދަތެއްގައި ފަތުރުވެރިކަން އަނބުރާ އިޔާދަކުރިހެން ދަރަނިތައް އަދާކޮށް އިގުތިސޯދުކޮޅަށް ޖަހަން ވަގުތު ދޭން ތަކުރާރުކޮށް އެދުނެވެ.

    ރާއްޖޭގެ ވެރިކަމަކީ އެމްޑީޕީއަށް ނުކުރެވިގެން ކަމުންރެކި މުއިއްޒު ބޮލުގައި ގަދަކަމުން އެޅުވި ކަމެއްނޫނެވެ. ދަރުވާލާފައި ދިޔައީއޭ ބުނެ އެމްޑިޕީ ބަދުނާމް ކުރުމުގެ ހައްގެއް މި ސަރުކާރަކަށް ނެތެވެ. 

    އެހެން ނޫނަސް ވެރިކަން ކޮށްދޭށޭ ކިޔާ ޑރ. މުއިއްޒުގެ ދެފައިމައްޗަށް ވެއްޓި ދިވެހިރައްޔިތުން އާދޭހެއް ނުކުރެއެވެ. ހެއްދެވިހާ ބޮޑެތި ދޮގު ވައުދުތައްވެ ހުސްގޮނޑިއަކާއި ފޮޓޯގަނޑެއް ދައްކައިގެން ރައްޔިތުންގެ ފަހަތުން ހިނގާ ރޮއި ހޭރިގެން ވެރިކަން ހޯދީ މުއިއްޒު ބޭނުންވެގެންނެވެ. ވެރިކަމަކީ ވެރިކަމަށް ބަނޑުކެޑިފައި ހުރިވަރުން ދިއްލިފައިހުރި ކަމަށް ބުނި ފެހިސގްނަލްތަކެއް ދައްކާ ބައެއްގެ ލޮލުގައި ޖާދޫގެ އަދުނެއް އަޅުވައިގެން ހޯދިވެރިކަމެކެވެ. 

    އެހެން ކަމުން އެމްޑީޕީގެ ސަރުކާރުތަކުން ވެރިކަން ކުރިގޮތޭ ކިޔައިގެން ސައީދެއްކަމަކު މިހާރަކު ވާހަކަ ދައްކާކަށް ތާހިރެއް ނޫނެވެ. އާނއެކެވެ. ހުވާކުރި ތަނުން އަޒުލްކޮށް މުއިއްޒުގެ ވެރިކަން ވަޢްޓާ ލެވުނުނަމަ ރައްޔިތުން މި ހާލަކު ނުޖެހުނީހެވެ.  

    ]]>
    Tue, 07 Jul 2026 12:53:58 +0500 މުއާޒު
    މައުމޫނިޒަމް ދޫކޮށްލި އައު ގާނޫނު އަސާސީން ލިބުނު މޮޅެއްނެތް https://heerasnews.com/4363 https://heerasnews.com/4363 މައުމޫނިޒަމަށް ފަހު ރައްޔިތުންނަށް ގެނެވުނު ބަދަލުން ރައްޔިތުންނަށް ޖުމްލަކޮށް މޮޅެއް އޮތްތޯ ވިސްނާލަން ޖެހެއެވެ. ގެނެވުނު އެ ބޮޑު ބަދަލުން އެދޭ ބަދަލަށް ވާސިލުވެވުނުތޯ ސުވާލުކޮށްލުމަކީ ނެތްކަމެއް ނޫނެވެ. 

    މިހާރު މިއޮތް ޑިމޮކްރަސީއާއި މައުމޫނިޒަމާ އަޅާކިޔުމުގެ މާބޮޑު ބޭނުމެއް ނެތެވެ. ބަދަލުކުރީ ކަންކަން ރަނގަޅުކުރުމަށެވެ. މައުމޫނިޒަމްގެ ރަހަ ނުދެކޭ ޅަދޮޅުންނަށް ތަޖުރިބާތައް އަޅާކިޔާލަން ނޭގުނަސް އެހާރާއި މިހާރުގެ ތަފާތު މިނެލަން އެނގޭ މީހުން ރާއްޖޭގައި މަދެއް ނުވާނެއެވެ. 

    މައުމޫނިޒަމްގެ ވެއްޓުމުގެ ފެށުމަކީ ޖަލުގައި ކުރާ އަނިޔާއެވެ. ޓާރނިންގ ޕޮއިންޓަކީ އީވާނު ނަސީމުގެ މަރެވެ. އެންމެން ބަދަލަށް ތެދުވީ އަނިޔާއާއި ދެކޮޅަށެވެ. ހެޔޮވެރިކަމާއި އިގްތިސޯދީ ހަމަޖެހުމުގެ ވާހަކައަކީ ވެރިކަން ބަދަލުކުރުމުގައި އެހާ އިސްކަމެއް ދެވުނު ކަމެއްނޫނެވެ. 

    ކޮންމެހެނެއް ހަދައިގެންވެސް އޭރު ބޭނުންވީ މައުމޫނުގެ ވެރިކަން ނިންމާށެވެ. ބައިނަލް އަގުވާމީ ފިއްތުންތަކާއި ރާއްޔިތުންގެ ހަމަޖެހުމަށްޓަކާ މައުމޫނަށްވެސް ޖެހުނީ ގޮތްދޫކޮށް އެދޭ ބަދަލަށް ދީލާލާށެވެ. 

    ގާނޫނު އަސާސީ އިސްލާހުވެގެން ދިޔައީ ދައުލަތުގެ އާމްދަނީ އާއި ނުބައްދަލު މާލީ ބުރަތަކެއް އުފުމަށް ދައުލަތަށް ލާޒިމްވެގެންނެވެ. ނުބައްދަލު ޗެކް އެންޑް ބެލެންސް ނިޒާމަކާއި މިނެއްނެތި ބޮޑުވަމުންދާ ރައްޔިތުންގެ މަޖިލީހަކަށް ވެރިކަން ކުރުމުގެ ބާރާއި ފަނޑިޔާރުގެ ކޮންޓްރޯލް ކުރުމުގެ ބާރުތައް ތޮއްޖައްސާފައިވާ ޕާޓީ ވެރިކަމުގެ ނިޒާމެއް ފައްކާ ވެގެންނެވެ. 

    އާހިރުގައި އިސްލާހު ކުރެވުނު އައު ގާނޫނު އަސާސީ ލިބިދިން ހަގީގީ އެދޭ ބަދަލެއް ނެތެވެ. އެދުނު ބަދަލުން ކިރިޔާވެސް ލިބުނިއްޔާ ލިބުނުހާވެސް ހިތްހަމަ ޖެހުމަކީ، ވޯޓުލާ ތަނުގައި ވޯޓު ގުނާ ނަތީޖާ ކަށަވަރު ކުރެވޭކަމުގެ ހިތް ހަމަޖެހުމެވެ. ޝަރީއަތުގައި ދިފާއީ ވަކީލެއް ލިބުމުގެ ހައްގު އަލަށް ލިބުނަސް އިންސާފު ލިބުމުގެ ހިތް ހަމަޖެހުމެއް ރައްޔިތަކަށް ނެތެވެ. އެހެން ކަމުުން މައުމޫނިޒަމް ދޫކޮށްލި އައު ގާނޫނު އަސާސީން ރައްޔިތުންނަށް ލިބުނު މޮޅެއް ނެތެވެ.  

    ]]>
    Sun, 05 Jul 2026 16:13:01 +0500 މުއާޒު
    މެންބަރ ޝުޖާއަށް: މަންޒަރާ އަޑު ދިމައެއްނުވޭ! https://heerasnews.com/4352 https://heerasnews.com/4352 މުންބަރ ޝުޖާއުއެވެ. ސައިޒަށްވުރެ ބޮޑު ބޫޓަކަށް އަރާހުރެ މޮޔަ ނުގޮވާށެވެ. ތިޔަ ހުރެވެނީ ހަމަ ބިމަކުނޫނެވެ. ހަމަތެދެކެވެ. ރައްޔިތުން ތިބިއްޔަކީ "ހެޕީ" ކޮށެއް ނޫނެވެ. ވޭނާ ކެކުޅުމުގައެވެ. ހިތްދަތިކަމާއި ހާސްކަމުގައެވެ. ހަގީގަތަށް ވާހަކަ ދައްކާށެވެ. އެންމެނަކު ކަނެއް ނޫނެވެ. ބީރެއް ނޫނެވެ. މަންމަނެއްވެސް ނޫނެވެ.

    ނިކަން ބުނެ ބަލާށެވެ. ދިވެހީންގެ ރާއްޖެއާއި ދިވެހީންގެ ރާއްޖެ ތަފާތީ ހެއްޔެވެ. ހަމަ ގައިމުވެސް ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން އުޅެނީ ބޭސްލިބުމުގެ އިންތިހާ ދަތިކަމެއްގައެވެ. ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީން ގިނަ ބޭހެއް ރާއްޖެއަކުން ނުލިބެއެވެ. ވަރަށް އަސާސީ ބޭސްތައްކަމުގައިވާ ބައެއް ކަހަލަ އެންޓިބައިޓިކް ފަދަ ބޭސް ނުލިބިގެން އުޅެނީ މަދެއްކޮށް ނޫނެވެ. ބޭސް ސިޓީ ލިއުއްވާ ބަލިމީހުންގެ ތެރެއިން 90 ޕަސެންޓް މީހުންގެ ބޭސް ސިޓީގައިވާ ހުރިހާ ބޭހެއް އާސަންދައިން ނުލިބޭތާ ގަންނަންވެސް ލިބެން ނުހުރެއެވެ. އެކަމަކުވެސް ތިޔަ ބުނަނީ ބޭސްލިބި އުފަލުން ތިބޭކަމަށެވެ. 

    ނިކަން ބުނެ ބަލާށެވެ. ބޭންކް ރޭޓުގައި ޑޮލަރު ގަންނަން ލިބޭނަމަ ވިހި ރުފިޔާއަށްވުރެ އަގު ބޮޑުކޮށް ޑޮލަރު ގަންނަނީ ލާރި ގިނަވެގެން ހެއްޔެވެ. ސަރުކާރުގެ ހަރަދުގައި ބޭރުގައި ކިޔަވަން ތިބި ކުދިންނަށް ސަރުކާރުން ފޮނުވަންޖެހޭ ޑޮލަރވެސް ކަނޑައެޅިފައި އޮންނަ ގޮތަށް ގައވައިދުން ނުފޮނުވެއެވެ. ލިބެންޖެހޭ ތާރީހަށް ސަރުކާރުން ފައިސާ ނުފޮނުވައިގެން އެތައް ކުދިންނެއް ރާއްޖޭން ބޭރުގައި ހާލުގައިޖެހި ދާންނުޖެހޭ އެތައް ހަރަދެއް އެބަދެއެވެ. މީހުނަށް ރޮއި އަދޭސްކޮށް ދަރާވިކިގެން ބޭރުގައި ކިޔަވަން ތިބި ކުދިންގެ ކަންކަން ހަމަ ޖައްސަން މަޖުބޫރުވެ ގޮތް ހުސްވެފައި ތިބީ އެތައް އާއިލާއެކެވެ. އެކަމަކުވެސް ތިޔަ ބުނަނީ އުފަލުން ތިބޭ ކަމަށެވެ.

    ނިކަން ބުނެ ބަލާށެވެ. އާސަންދަ ނުލިބިގެން ނުވަތަ އާސަންދަ ކަވަރު ނުކޮށްގެން ފަރުވާ ނުލިބިފައި އެތައް ރައްޔިތަކު ބޭރު ހޮސްޕިޓަލް ތަކުގައި ތިބިކަން އެނގޭ ހެއްޔެވެ. ބަރުދަން މަތިކަމުން ކެންސަރަށް ފަރުވާ ނުކުރެވިފައި އޮތް ބަލިމީހާ ބަރުދަން ލުއިކުރުމަށް ކުރަންޖެހޭ ފަރުވާ އާސަންދައިން ކަވަރުނުކޮށްގެން ކެންސަރު ފަރުވާ ކުރިއަށް ނުގެންދެވި ބަލިމީހާގެ ހާލު ސީރިއަސްވެ ފުރާނައަށް ނުރައްކާ ވިޔަސް އާސަންދަ ނުދޭކަން އެގޭ ހެއްޔެވެ. ވަކި ބައްޔަކަށް ހާއްސަ ޑޮކްޓަރަކަށް ނުދެއްކި ހޮސްޕިޓަލްގެ ދިގު ކިޔުގައި ދެމަސް ތިންމަސްވެގެން ދާއިރު ފަރުވާ ނުކުރެވި ބަލިމީހާގެ ހާލު ދެރަވެގެން ދާއިރު ރާއްޖޭން ކުރެވޭ ކަމަކަށް ވެގެން އާސަންދައިން ބޭރަށް ފޮނުވާނުދީގެން އެތައް ބަލިމީހުންގެ ފުރާނައަށް ނުރައްކާވެފައިވާކަން އެނގޭ ހެއްޔެވެ. އެކަމަކުވެސް ތިޔަ ބުނަނީ އެންމެން އުފަލުން ތިބި ވާހަކައެވެ. 

    ނިކަން ބުނެ ބަލާށެވެ. ޕަބްލިކް ސެކްޓަރ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ ސްޕަރމާރޓް ހިންގާ، އައިނު ހަދާ ކުލިނިކު ހިންގާ ހިސާބަށް ސަރުކާރު ދިޔައިމާ ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިއެއް ފުނޑި ބަނގުރޫޓް ވެއްޖެއެވެ. ޑޮލަރުގެ އަގު ބޮޑުވެ މުދާލިބުން ދަތިވެ އަމިއްލަ މީސްމީހުން ގެދޮރުހެދުން އިންތިހާއަށް މަދުވެއްޖެއެވެ. އިމާރާތް ކުރުމުގެ މަސައްކަތް ކުރާ މަސައްކަތްތެރިން ތިބީ ކުރެވޭނެ ކަމެއް ކުރާނެ ކަމެއްނެތި އަތް އުރާލައިގެންނެވެ. ނަތީޖާއެއްގެ ގޮތުން އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓި އަނގަޔާ އަތެއް ދިމައެއް ނުވެއެވެ. އެކަމަކުވެސް ތިޔަ ބުނަނީ ދިވެހިން އުފަލުން ތިބިކަމަށެވެ. 

    ނިކަން ބުނެ ބަލާށެވެ. މެދުނުކެނޑި ދައުލަތުގެ ފައިސާ ލިބިލިބި ހުންނަ ގޮތަށް ޝުޖާމެން އަތުން ޓެންޓް ކުއްޔަށް ހިފާ އިވެންޓް ބާއްވާ ހަދައިގެން ޝުޖާމެނަށް ދައުލަތުގެ ދިޔަދޮވި އަރިކޮށްލާފައި އޮންނަހެން އެންމެނަށް ފައިސާ ލިބޭނެގޮތް އެބަ އޮތް ހެއްޔެވެ. ރެޑްވޭވް ސަލީމާއި ޝުޖާއާއި ފަލާހުމެނަށް ދައުލަތް ނޮޅާކާން ފުރުސަތު އޮތަކަސް އެންމެނަކު ތިބީކީ ފައިސާ އޮހޭ ގޮތަކަށް ނޫނެވެ. އާނއެކެވެ. ޝުޖާމެން ތިޔަތިބީ ނިކަން ހެޕީ ކޮށެވެ. އެކަމަކު ދައުލަތުގެ ހަޒާނާ އަރިކޮށްލާފައި ތިބި މަދުބަޔަކު ފިޔާ އެންމެންވެސް ތިބީ ވަރަށްވެސް ހިތްދަތި ހާލުގައެވެ. އެކަމަކު ތިޔަ ބުނަނީ ދިވެހިން އުފަލުން ތިބިކަމަށެވެ. 

    ނިކަން ބުނެ ބަލާށެވެ. ވަޒީފާ ގަޑެއް ދިއްކޮށްލާފައި ތިބޭ ޕީއެންސީގެ ވަފާތެރިން ތިބީ އުފަލުގައި ހެއްޔެވެ. ނޫނެކެވެ. ޕީއެންސީގެ ގިނަ ވަފާތެރިންވެސް ތިބީ ވަޒިފާގެ ބިރުގައި ކެތްކޮށްލައިގެންނެވެ. މުއިއްޒު ހޮވުނު މޮޔަ ހީވިޔަސް ވަޒީފާ ގަނޑުގެއްލި އަނބިދަރިން ހާލުގައި ޖެހިދާނެތީ އެއްޗެއް ނުބުނެ ތިއްބަކަސް އެމީހުންވެސް ތިބީކީ އުފަލަކުން ނޫނެވެ. ރަށްރަށުގެ ސްޓެއަރިންގ ކޮމިޓީތަކަށް ޕީއެންސީ މެންބަރުން ހުށަހަޅާ ޝަކުވާތަކުންނާއި ދާއިރާގެ މެންބަރަށް ގުޅާ ކުރާ އާދޭހުން ޕާޓީ މީހުންވެސް ތިބީ އުފަލުގައި ނޫންކަން އެނގޭނެއެވެ. އެކަމަކުވެސް ތިޔަ ބުނަނީ އުފަލުން ތިބިކަމަށެވެ.

    ރައްޔިތުން ތިބީ ހެޕީކޮށް ކަމަށް ޝުޖާ ކިތަންމެ ހަރުއަޑުން ބުންޏަސް ރައްޔިތުން ތިބީ ވަރަށް ދަތި ހާލުގައެވެ. ޒިންމާއެއް އޮތްކޮންމެ މީހަކު ވިސްނާ ވިސްނާ ގޮތް ހުސްވެ ޕްރެޝަރަށް ބޭސްކާން ނުޖެހޭ މީހަކު ނެތެވެ. ޒަރޫރީ ގިނަކަންކަން ނުކުރެވި މީހުން ތިބީ ގޮތް ހުސްވެފައެވެ. ބަލިމީހުން ބޭސް ނުލިބި ފަރުވާ ނުކުރެވި ތިބީ ސަހަރާ ނޫނީ ދާނެތަނެއް ނެތިފައެވެ. ވަޒީފާއެއް އޮތް ކޮންމެ މީހަކު ލޯނު މަޅީގައި ޖެހި ދަރާ ބޯހިކެންނެތެވެ. މަސްވެރިކަމެއް ދަނޑުވެރިކަމެއް ނެތެވެ. ކަރަންޓާއި ފެން ބިލު ދެއްކެނީއެއް ނޫނެވެ.

    ރީތި ހެދުން އަަޅައިގެން މީހުން މަގަށް ނިކުމެ އުޅުނަސް ކޮންމެ މީހަކު ވަނީ ހާސްކަމާ ނުތަނަވަސްކަމާއި ދަރަނިވެރިކަމުގައި ގައިދުވެ ގޮތް ހުސްވެފައެވެ. ޝުޖާ ބުނާ އުފަލުން ތިބި ދިވެހި ގިނަ ރައްޔިތުންނެކޭ ހަތަރެސް ފައިބަދެފައި ފަތަން ކަަަަަނޑަށް އެއްލައިލާފާ ތިބި ބަޔެކޭ ތަފާތެއް ނެތެވެ. ހަމަތެދެކެވެ. ބާރުބާރަށް ބާރަށު ޝުޖާއުމެއް ހުއްޓާނުލާ ގޮއްވާ އަޑަކާ މަންޒަރު ދިމައެއް ނުވެއެވެ. 

    ]]>
    Thu, 02 Jul 2026 16:16:52 +0500 މުއާޒު
    ވަޒީރު އަމީނު ވާން އުޅެނީ ދެވަނަ އަދީބަށް !؟ https://heerasnews.com/4349 https://heerasnews.com/4349 މިނިސްޓަރު އަމީން މަސައްކަތް ކުރައްވަނީ އެމް.އެމް.ޕީ.އާރު.ސީ (ވިޒިޓް މޯލްޑިވްސް) އުވާލައި، ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ ބަޖެޓެއް ސީދާ ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކަމަށް މައުލޫމާތު ލިބިއެވެ.

    ކުންފުންޏެއްގެ ނަމުގައި އިޝްތިހާރު ކުރުމަށްވުރެ، ސަރުކާރުގެ މިނިސްޓްރީއެއްގެ ނަމުގައި އެކަން ކުރުމުން ބޭރުގެ ފަރާތްތަކުގެ އިތުބާރު ބޮޑުވާނެކަމަށް މިނިސްޓަރ އަމީނު ދެކިވަޑައިގަންނަވާކަމަށްވެއެވެ. އެގޮތަށް ކުރެވޭ މަސައްކަތް މާ ހަރުދަނާ ވާނެ ކަމަށްވެސް މިނިސްޓަރ ދެކިވަޑައި ގަންނަވަޔޯލައެވެ.

    ވިޒިޓް މޯލްޑިވްސް ކުރާ ރާއްޖެ އިސްތިހާރު ކުރުމުގެ ކަންކަން ސީދާ ޓޫރިޒަމް މިނިސްޓްރީން ކުރާކަމަކަށް ހެދުމަށް މިނިސްޓަރ އަމީން ދައްކަވަނީ ގަބޫލުކުރެވޭ ކަހަލަ ހުއްޖަތެއް ނޫނެވެ. ދައުލަތުގެ ރަސްމީ މާލީ ނިޒާމުގެ ތެރެއިން ރާއްޖެ އިސްތިހާރު ކުރުމުގަައި ބޮޑެތި ގޮންޖެހުން ތަކެއް  ކުރިމަތި ވާނެކަމީ ޝައްކެއް ނެތް ކަމެކެވެ

    ޓޫރިޒަމް މިނިސްޓްރީއަކީ ޓޫރިޒަމް ސިޔާސަތު ކަނޑައަޅާ ރެގުލޭޓަރީ ބޮޑީއެވެ.  ރާއްޖެ އިސްތިހާރުކުރުން ފަދަ ކަންކަން ވުޒާރާއަކުން ކުރުމަކީ އެވަގުތަކަށް ފެތޭގޮތަށް މާލިއްޔަތު ގާނޫނުގެތެރެއިން ރަނގަޅަށް ކުރެވޭނެ ކަމެއް ނޫނެވެ. އިސްތިހާރު ކުރުމުގެ ގޮތުން ކުރަންޖެހޭ ދަތުރުތަކާއި ބައިވެވާންޖެހޭ އިވެންޓްތަކާއި ކުރެވޭ އިސްތިހާރުތައް އޭރުން ހުންނަންޖެހޭނީ ސަރުކާރުން ކުރާ އާއްމު ހަރަދުތަކުގެ މިންގަޑުތަކުގެ ތެރޭގައި ތާށިވރފައެވެ. ކުޕްޓަލް ވަކިކުރި ކުންފުންޏަކުން ކުރާގޮތަށް ކުރުމުގެ މާލީ މިނިވަންކަމެއް އޭރަކުންނުއޮންނާނެއެވެ.

    ސަރުކާރުގެ އާއްމު މާލީ ނިޒާމުގެތެރެއިން ކުރެވޭ އިސްތިހާރު ކުރުމުގަައި މަސައްކަތުގެ ކޮލިޓީދަށްވެ ނިޒާމީ ބޮޑެތި ހުރަސްތަކެއް ދިމާނުވެއެއް ނުދާއެވެ. ރާއްޖެ އިސްތިހާރު ކުރުމަށް ވަކިކުންފުންޏެއް ހަދައިގެން އެކަންކުރުނުގެ ބޭނުމަކީވެސް ރާއްޖެ އިސްތިހާރުކުރު ކުރުމަށް މާލީ މިނިވަންކަން ހޯދާދިނުމެވެ.

    ރާއްޖެ އިސްތިހާރު ކުރުމުގެ ކަންތައް ސިދާ މިނިސްޓަރ އަމީން ކުރައްވާ ކަމަކަށް ހައްދަވަން އުޅުންވަނީ އެކަމުގެ ތެރެއިން ބޮޑުވެގެންވާ ނާޖާއޒު މަންފާ އެއް އަމީން ހޯއްދަވަންކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަމީނު އުޅުއްވަނީ ނިޒާމުގެތެރެއިން ދެވަނަ އަދީބަށް ވެވަޑައިގަތުމަށްކަމަށް ބެލެވެއެވެ. 

    މީގެކުރިންވެސް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް އަދީބު ހިންގާފައިވަނީ ހައްދެއްނެތް މިންވަރަށް ބާރު ދެއްވުމުންނެވެ. ރާއްޖެ އިސްތިހާރު ކުރުމުގެ ތެރެެއިން އެމްއެމްޕީއާރުސީންނެވެ. އެވަރު ކަމެއް ސީދާ ވަޒީރުކުރާ ގޮތަށް ހަމަޖެހިއްޖެނަމަ ކަން ވެގެންދާނެ ގޮތް ހިތަށް ގެންނަވާށެވެ.

    ހާއްސަކޮށް މިނިސްޓަރ އަމިނަކީ އުޅަނދުފަހަރުގެ ޑޮމެއިނުންނާއި އެމް.ޓީ.ސީ.ސީ ޓެކްސީ  އާއި މޯލްޑިވިއަން އެއަރބަސްގެ މުއާމަލާތްތަކުގައި ނާޖާޒާއިޒު މަންފާ ހޯއްދަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަޒީރެކެވެ.             

    ]]>
    Wed, 01 Jul 2026 18:18:38 +0500 މުއާޒު
    ބިރުން ސެކިއުރިޓީ ކަނޑާލިޔަސް ރައީސް ނަޝީދު މުޒާހަރާ ކުރައްވާނެ https://heerasnews.com/4345 https://heerasnews.com/4345 ކަނޑާލަފާނެ ސެކިއުރިޓީއަކަށް ބިރުން ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވުމެއް ނުހުއްޓުވޭނެއެވެ. ފާލުން ނައްޓާލާފައިވާ ސަރުކާރެއް ހަމަމަގަށް އަޅުވަން ކުރައްވަން ޖެހިވަޑައިގަތް ކަމެއް ކުރީގެ ރައީސުން އެ ތިއްބެވީ ކުރައްވާ ގޮތަށެވެ. 

    އަމްދުން ރައީސް ނަޝީދަކީ ދައްކަފާނެ ބިރަކަށް މީހަކު ކިޔާފާނެ އެއްޗަކަށް ޖެހެލުންވެ ވަޑައިގެން ރައްޔިތުންގެ ހައްގުގައި ކުރައްވަންޖެހިވަޑައިގެން ކަމެއް ނުކުރައްވާ ދޫކުރައްވާ ޒާތުގެ ބޭފުޅެއް ނޫނެވެ. އަސާސީ ހައްގެއްގެ ބޭނުންކުރައްވާތީ ކުރީގެ ރައީސުންނަށް ހިނދުކޮޅަކަށްވެސް ސެކިއުރިޓީ ދިނުން ހުއްޓާލުމަކީ ޕީއެންސީން ހަދާނެ އެންމެ ބޮޑު އެއް ގޯހެވެ. 

    ތަނެއްގައި މީހަކު ހުއްޓަކަސް އެމްއެންޑީއެފުން ސެކިއުރިޓީ އެއް ނުދެއެވެ. ކުރީގެ ރައީސުންނަށް ސެކިއުރިޓީ ދެނީ ގާނޫނު އަސާސީން ލާޒިމުކުރާތީއެވެ. ގާނޫނު އަސާސީން ސެކިއުރިޓީ ދިނުން ލާޒިމުކޮށްފައިވާ ފަރާތަކަށް ސެކިއުރިޓީ ނުދީ އޮއްވާ ދިމާވާ ކަމެއްގެ ޒިންމާއިން 241 ކޮމެޓިއަށް ބަރީއަ ވެވޭނެހެއްޔެވެ. 

    ސިޔާސީ ޖަޒްބާތުގައި ގާނޫނުތަކާއި އުސޫލުތަކަށް ބަދަލުގެނެސްގެން ކުރިމަތިވާ ކަންކަމުން ސަރުކާރަށް ރެކެވިދާނެ ކަމަށް ހީވަނީހެއްޔެވެ. ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ބޭފުޅުން ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކުރުމަކީ ގައުމީ ސަލާމަތީ ބާރުގެ މައްޗަށް ލާޒިމުކަމެކެވެ. ހިންދުކޮޅަކަށްވެސް އެކަމުން ރެކިއެއް ނުގަނެވޭނެއެވެ. 

    ކުރީގެ ރައީސަކު ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅު ކަންކަމުގައި ބައިވެރިވެ ވަޑައިގަތުމަކަށް ހަދާ ގަވައިދަކުން ހުރަހެއް ނޭޅޭނެއެވެ. ކުރީގެ ރައީސަކު ބައިވެރިވެ ވަޑައިގަންނަވާ ކަމެއްގައި ސަލާމަތާ ރައްކާތެރިކަމަށް އެއިރަކަށް އޮތް ގޮންޖެހުމެއް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ސަލާމަތީ ބާރުތަކުން ކުރަން އޮންނަކަމެކެވެ. މުޒާހަރާއެއް ވިޔަސް އެހެން ކަމެއްވިޔަސް އެކަމަކާ ގުޅޭގޮތުން އެހިނދަކަށް އޮތް ނުރައްކަލެއް ވަޒަންކޮށް އެކަމެއްގައި ބައިވެރިވެ ވަޑައިގަތުމާ ނުގަތުމަށް ދެންނެވުމަކީ ސަލާމަތީ ބާރުތަކުން ކުރާކަމެކެވެ. 

    ރައީސް ނަޝީދު މަގުމައްޗަށް ނިކުންނަވާ މުއިއްޒުގެ ހުދުމުހުތާރުވެރިކަމާ ދެކޮޅު ހަރަކާތް ވަރުގަދަކޮށްފާނެތީ ނަގާ ބިރު ބޮޑުވެ ކުރީގެ ރައީސުންގެ ހަށިފާރަވެރިކަމަށް ހުރަސް އަޅަން ނޫޅޭށެވެ. ސެކިއުރިޓީ ދިނަސް ނުދިނަސް ސަރުކާރު ހަމަ މަގަށް އަޅުވަން ކުރައްވަން ޖެހިވަޑައިގެން ކަމެއް ކުރީގެ ތިން ރައީސުން ކުރައްވާނެއެވެ. 

    ]]>
    Tue, 30 Jun 2026 13:48:30 +0500 މުއާޒު
    އަތޮޅު ރައްޔިތުންގެ ބާރު ކަނޑުވާލާ އަތޮޅު ހިންގާނީ މުއިއްޒުގެ ޕަޕެޓެއް https://heerasnews.com/4341 https://heerasnews.com/4341 އަތޮޅު ކައުންސިލްތައް އުވާލީ ހިންގުމުގެ ހަރަދު ބޮޑުވެގެން ހަރަދު ކުޑަކުރަން ކަމަށް ރައީސް މުއިއްޒު ވިދާޅުވީ އެއްތާކު ދެތާކު ނޫނެވެ. ހަރަދު ކުޑަކުރުމުގެ ބަހަނާގައި އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު އުވާލީ ނުސީދާ ނުބައި ނިޔަތެއްގައިކަން ރައީސް އަމިއްލަފުޅަށް މިއަދު އެ ސާބިތުކޮށް ދެއްވީއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅު އެނޫން ގޮތަކަށް މޭރުމެއް ނުވެއެވެ. 

    އުވާލެވުނު އަތޮޅު ކައުންސިލްތައް އެކުލެވިފައި އޮތީ މުޅި އަތޮޅުން އިންތިހާބުކުރާ އަތޮޅުކައުންސިލްގެ ރައީސަކާއި އަތޮޅުގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސް މައްޗަށެވެ. އޭރު އަތޮޅުކައުންސިލްގައި އިންތިހާބު ނުކުރާ އެކަކުވެސް ނުހުރެއެވެ. އަނެއްކޮޅުން އަތޮޅު ކައުންސިލްގައި ވަކި ސިޔާސީ ފިކުރެއްނެތި އަތޮޅުގެ ހުރިހާ ރަށެއް ތަމްސީލް ވެއެވެ.

    ރަނގަޅު ނިޔަތުގައި ރަނގަޅަށް އުފެދިފައި އޮތް އަތޮޅު ކައުންސިލް އުވާލުމުން އަތޮޅު އޮފީސްތައް އޭގެ ޒާތުގައި އުވިގެން ދާންޖެހެއެވެ. އެހެންނަމަވެސް އެކަން އެހެނެއް ނުވިއެވެ. އަތޮޅު އޮފީސްތައް އެނަމުގައި އެބަހުއްޓެވެ. 

    ހަރަދު ކުޑަކުރަން އަތޮޅުކައުންސިލް އުވާލިޔަސް އަތޮޅު އޮފީސްތަކަށް ކުރާ ހަރަދު އެންމެ ތަންފުކެއްވެސް ކުޑަ ނުވާނެ ކަމަށް އެ ވިދާޅުވީއެވެ. މުވައްޒަފަކުވެސް މަދު ނުވާނެ ކަމަށް ވިދާޅުވަމުން ރައީސް އެވިދާޅުވީ އަތޮޅު އޮފީސްތައް ހިންގާނީ ސީދާ ސަރުކާރުން ކަމަށެވެ.

    މިހާރު ހަމަޖެހިގެން އެދިޔަ ގޮތުން އަތޮޅު އޮފީސް ހިންގަން ހުންނާނީ ރައީސް އައްޔަނުކުރައްވާ ވެރިއެކެވެ. އަތޮޅުގެ ކަންކަން ނިނމުމުގައި އަތޮޅު ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނުއޮންނާނެއެވެ.

    އަނެއްކޮޅުން އަތޮޅު އޮފީސް ހިންގަން ކޮންމެ ނަމެއްގައި ވެރިއަކު އިސްކުރިޔަސް އެމީހެއްގެ މުސާރައާއި އިނާޔަތްތައް އަތޮޅު ކައުންސިލުގެ ރައިސަށް ވުރެ އެންމެ ތަންފުކެއްވެސް ކުޑަ ނުވާނެކަމަށް ބެލެވެއެވެ. އެހެން އެކަންވުމުން ދައުލަތަށް ހަރަދު ކުޑަވާ ގޮތެއް ނޭނގެއެވެ.

    އަތޮޅު ރައްޔިތުން އިންތިހާބުކޮށްފައި ހުންނަ ރައީސަކު އަތޮޅު ކައުންސިލް ހިންގުމަކީ ރައީސް މުއިއްޒަށް ހަޖަމުކުރެވުނު ކަމަކަށް ނުވިކަން ވަރަށް ސާފުކޮށް އެނގިގެން ހިގައްޖެއެވެ. ރައީސް ބޭނުންވެވަޑައިގަތުމުން ބަދަލު ނުކުރެވޭ ވެރިއަކު އަތޮޅު ހިންގަން ހުރުމަކީ ރައީސް މުއިއްޒުގެ ހުދުމުހުތާރު ސިޔާސަތާ ފުށުއަރާ ކަމަކަށްވުން ނޫންކަމެއް އަތޮޅު ކައުންސިލްތައް އުވާލުމުގެ ފަހަތުގައި ނުވާކަން ކަށަވަރެވެ. 

    އަތޮޅު ކައުންސިލް އުވާލީ އަތޮޅުތަކުގެ ވަސީލަތްތަކަށް ސަރުކާރުގެ ކޮންޓްރޯލް ކުޑަވުމުންނެވެ. އަތޮޅު ރައްޔިތުން ބޭނުންވާ ގޮތަށް އަތޮޅުތަކުގެ ވަސީލަތްތައް ބޭނުން ކުރުމަށް ރައްޔިތުންނަށް އޮތް ފުރުސަތު ހަނިކޮށްލުމަކީ މުއިއްޒު ބޭނުންފުޅުވެ ވަޑައިގަތް ގޮތެވެ. ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުމައްޗަށް ނުނަންގަވާ ދައުލަތް ހިންގުމަކަށް ރައީސް މުއިއްޒު ދެނެވަޑައެއް ނުގަންނަވައެވެ. 

    ]]>
    Mon, 29 Jun 2026 13:29:52 +0500 މުއާޒު
    މުއިއްޒުގެ ކަނޑުކުއަރީ ކަމިޝަންގެ ހިލަންވެސް ނެތް https://heerasnews.com/4331 https://heerasnews.com/4331 ދިވެހިރާއްޖޭގެ ދެކުނުން ދިވެހިރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުން ބައެއް ކުރީ ސަރުކާރުން ދޫކޮށްލާފައިވާ ކަމަށް ޑރ. މުއިއްޒު ސަރުކާރުން އަންނަނީ ބުނަމުންނެވެ. ފޯޅަވައްސާ ފުށުއަރާކަމަށް ބުނެ ދިވެހިރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ދިވެހި ސަރުކާރުން ބައިވެރިވެ، ދިވެހިރާއްޖޭގެ އީ.އީ.ޒެޑް.ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ވަނީ ދޫކޮށްލައިފައިކަމަށް ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. 

    ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާފައިވާ ކަމަށެވެ. އިޓްލޮސްގެ އެ ނިންމުމަކީ ގަބޫލުކުރާ ނިންމުމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އިޓްލޮސްގެ ނިންމުމާއި ގުޅިގެން ގެއްލުނު ބައި ހިމަނައިގެން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ފަށާފައިވާކަމަށްވެސް ރައީސް އެދުވަހު ވިދާޅުވިއެވެ. 

    ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައެޅުމާއި، ސަރަހައްދުތަކުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ އޮފީހެއްގެ ގޮތުގައި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" ގާއިމުކުރަން ނިންމަވާ އެކަން އެދުވަހު މަޖިލީހުގައި އިއުލާނުކުރެއްވިއެވެ. 

    އޭގެ އިތުރުން އިޓްލޮސްއިން ނިންމާފައިވާ މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ނިންމައިފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން، ދިވެހި ދައުލަތަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވެ އެ ނިންމެވުންތައް ނިންމެވި ފަރާތްތަކުގެ ތަހުގީގު ހިންގަން "ކޮމިޝަން އޮފް އިންކުއަރީ" އެއް އުފައްދަވާނެކަމަށް ވެސް އިއުލާނު ކުރެއްވިއެވެ.

    ގެއްލުނުކަމަށް ބުނާ ކަޑުގެ މައްސަލައިގައި ނިންމެވުންތައް ނިންމެވި ބޭފުޅުންނާ ސުވާލުކޮށް ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ގާނޫނީގޮތުން ފިޔަވަޅު އަޅަން އުފައްދަން ނިންމި އިންކުއަރީ ކޮމިޝަން އަދިވެސް ނުއުފައްދައެވެ.  އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން އެކަށައެޅުމަށް އުފައްދަން ވިދާޅުވި އެ ކޮމިޝަން އުފައްދާ އެ މުހިންމު މަސައްކަތް ކުރާތީއެއް ނުފެނެއެވެ.

    އެހާ ސީރިއަސް ސިޔާދަތާގުޅޭ ކަމެއްގައި ދޭންޖެހޭ ސަމާލުކަން ދޭތީއެއް ނުފެނެއެވެ. ބައިނަލް އަގުވާމީ ކޯޓަކުން ނިންމާ ނިންމުމެއް ގަބޫލުނުކޮށް ބޮލާލާ ޖެހިއިރު އިންކުއަރީ އޮތީ އޮތްތާނގައެވެ. ތޯތޯ ވާހަކައިގެ މައްޗަށް ގައުމީ ބޮޑެތި ނިންމާއިރުއެހެ ން ކަންކަން ފަދައިން ސަރުކާރުގެ ބަހާ އަމަލު މިކަމުގައި ވެސް ދިމައެއް ނުވެއެވެ. ކަނޑުކުއަރީ ކަމިޝަން ގަރުބަގަނެ ނުވިހެނީސް ބައިގެންދިއީހެއްޔެވެ.  

    ]]>
    Sat, 27 Jun 2026 12:25:49 +0500 މުއާޒު
    ނުފޫޒެއްނެތި މުއިއްޒު ބަހާނީ ވުޖޫދުގައި ނެތް ފްލެޓްތަކެއް https://heerasnews.com/4328 https://heerasnews.com/4328 މުއިއްޒެވެވެ. ނޭޝަން ޗެޓްގައިވިޔަސް އެހެންތާކުވިޔަސް ހަމަޖެހޭ ވާހަކައެއް ދައްކާށެވެ. ވެރިކަމެއް އޮތީތީ ހިތުހުރި އެއްޗެއް ކިޔާ ހެއްޖަކަސް ކަމަކު ނުދާނެއެވެ. ވުޖޫދުގައިވެސް ނެތްކަންކަމުގެ ވާހަކަ ތިޔަ ދައްކަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. ކުލީ ގަލަންތަކުން ކިތަންމެ ފަލަކޮށް ސުރުހީ އެޅިޔަސް ހަގީގަތް އޮޅޭހާ ރައްޔިތުން ގަމާރެއް ނޫނެވެ. 

    މާތްކަލާކޯއެވެ. ނުފޫޒެއްނެތި ދޭވާހަކަ ތިޔަ ބުނަނީ ކާކު ކޮންތާކު އެޅި ފުލެޓްތަކެއްގެ ވާހަކަ ހެއްޔެވެ. ވެރިކަމެއް ދެބައިވެ ނިމެންދާއިރު ބޯހިޔާވަހިކަމަށް ފްލެޓެއް އަޅަން ސިމެންތި ހަންޖެއްހާ ހިސާބު ވެސް މުއިއްޒުވެރި ކަމުގައި ބާއްވާ ނުލެވެއެވެ. ފުލެޓެއް ނާޅާ ހުރެ އިންސާފުން ވެސް ބޭއިންސާފުން ވެސް މީހަކަށް ދެވޭނެ ފްލެޓެއް ނުހުންނާނެއެވެ. 

    ވެރިކަން ދެބައިވެގެން ދިޔައިރުވެސް ކުރީ ސަރުކާރުން އަޅާ ނިންމާފައިވާ 4000 ފްލެޓާއި ދޫކޮށްފައިވާ 9000 ގޯތި އަދިވެސް ތިޔަ އުޅެނީ ހަވާލު ނުކުރެވިގެންނެވެ. ދައުލަތް ދަވާލުމުގައި ރޮކެޓްގެ ދުވެލިހުއްޓަސް ހިދުމަތް ދިނުމުގައި ފިނިހަކު ދުވެލީގައި ހިނގާ ސަރުކާރަކަށް ފްލެޓެއް އަޅައިގެން ރައްޔިތަކަށް ބަކީއޮތް ދެއަހަރު ތެރެއަކު ނުދެވޭނެއެވެ.  

    ރައްޔިތުންގެ ތެރެއަށް ނިކުމެ ހިޔާވަހިކަމޭ ފްލެޓޭ ގޯއްޗޭ މުއިއްޒު ކިޔުމަކީ ރައްޔިތުނަށް ކުރާ މަލާމާތެކެވެ. ހަނގާކުރުމެކެވެ. ބަހަނާ ސަރުކާރުން ފުލުފުލުގައި ދައުލަތުގެ ބަޖެޓް ބަހަނާއެއް ނުދައްކާ ކައިހުސްކުރާހެން ބަހަނާ ނުދައްކާ ރައްޔިތުންނަށް ކަންކަން ކޮށްދިންނަމަ ކަންކަން ހުރީހީވެފައެވެ. ކަމެއް ނުކުރެވުނަސް ކަންކަން ކުރާހާ ފައިސާ މުއިއްޒު ސަރުކާރުން ތަޅާބުރުއްސައިފިއެވެ.  

    ބޭނުން ކަންކަން ކުރަންވީމާ ބަހަނާ ނުއޮންނަކަން ފުށިދިއްގަރުފަޅު ހިއްކަން އުޅޭ ގޮތުން ސާފުވެއެވެ. ކުރަން ބޭނުންވީމާ މާލޭގެ ކާރޫބާރޫ ބޮޑު އުތުރުފަރާތު މެރިންޑްރައިވް ވެސް އެބަ ހެދެއެވެ. އެކަމަކު ކުރީ ސަރުކާރުން ދިން 9004 ގޯތީގެ ތެރެއިން ނުހިކިއޮތް 6000 ގޯތި ވެރިކަން ނިމެންދާއިރުވެސް ކަނޑުފަޅުވެގެން ހިއްކުނު ކަމަކަށް ނުވިއެވެ. 

    މުއިއްޒުގެ ކުޑަވެސް އިހުލާސްތެރިކަމެއް ހުރިނަމަ ކުރީސަރުކާރުން އަޅާފައިވާ 4000 ފްލެޓާއި 9004 ގޯތި މީހުންނާ ހަވާލުކޮށްފީހެވެ. އެކަމުގެ ސަބަބުން ހިޔާވަހިކަން ނެތިފާ ތިބި 1300 އާއިލާއަށް ހިޔާވަހިކަން ލިބޭނެތާ ކިތަންމެ ދުވަހެކެވެ.

    ]]>
    Fri, 26 Jun 2026 13:26:45 +0500 މުއާޒު
    އުރައްޕަތް ނެތީ އިދިކޮޅަކު ނޫން | އުރައްޕަތް ނެތީ ސަރުކާރު https://heerasnews.com/4327 https://heerasnews.com/4327 ވާދަވެރި ސިޔާސީ ޕާޓީތަކުން ދައްކާއެއްވެސް ވާހަކައެއް އަޑުނާއްސަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް އިން ނޭޝަން ޗެޓް ގެ ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

    ރައްޔިތުންގެ ހަގީގީ ކަންބޮޑުވުން ތަކަށް އިޖާބަ ދެއްވާނަމަ ބާއްވަވާނީ ހުޅުވާލެވިފައިވާ ފޯރަމްތަކެވެ. އިދިކޮޅުން ހުށަހަޅާ ރައްޔިތުންގެ އަޑަށް ބީރުކަންފަތެއް ދެއްވާ ހަމައެކަނި ބޭނުންފުޅުވެ ވަޑައިގަންނަވާ މެސެޖް ދެއްވުމަށް ބާއްވާ ޗެޓަކުން ޕޮޑްކާސްޓަކުން ހަގީގީ މަންޒަރެއް ފެނިވަޑައެއް ނުގަންނަވާނެއެވެ. 

    ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އުރައްޕަތް ހުރި އިދިކޮޅު ފަރާތެއް ރާއްޖެއަކުނެތެވެ. އިދިކޮޅު ފަރާތްތަކަށް ރައީސް ސީރިއަސް ނަޒަރެއް ދެއްވާނީ އިދިކޮޅު ފަރާތްތައް ޒިންމާދާރުވީ ދުވަހަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

    ސަރުކާރުންވަނީ ޖަވާބު ދާރީކުރުވާ ޒިންމާދާރު ކުރުވަން ހުރި މުއައްސަސާތަކުގެ ވާގިނައްތާލާފައެވެ. ޖަވާބު ދާރީވުމާއި ޒިންމާދާރުވުމާއި ދައުލަތް ހިންގުމުގައި ސަރުކާރުގައި އެއްވެސް އުރައްޕަތެއް ނެތްއިރު އިދިކޮޅުގެ އުރައްޕަތް ނެތް ވާހަކަ ދައްކަވަން ލަދު ގަންނަން ޖެހޭނެއެވެ.

    ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވަރަށް ގިނަކަންތައް ކޮށްދެއްވައިފިއެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް ކޮށްދެވުނުކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ. ގައުމެއްގެ ނިސްބަތުގައި ވެރިކަމެއްގެ ދައުރު ދެބައިވެގެން ދިޔައިރު ސަރުކާރަކުން ކޮށްދެންޖެހޭ އެއްވެސްކަމެއް ނުކުރެވެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 

    ރައީސް މުއިއްޒު ގަބޫލު ކުރައްވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް އެއްވެސް ބަދަލެއް ގެނައުމަށް ރައްޔިތުން ގަބޫލެއް ނޫންކަމަށެވެ. ނިޒާމު ބަދަލުކޮށްގެން ބައިބައިވުން އުފެދޭނެ ކަމަށް މުއިއްޒު ދެކެވަޑައިގަންނަވައެވެ. އިދިކޮޅު ފަރާތްތަކުން ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރަން ބޭނުންވެގެން އުޅެނީ އިދިކޮޅުގައި ވެރިކަން ކުރަން ބޭނުންވާ މީހުން ގިނަ ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

    ވެރިކަން ކުރަން ބޭނުންވުމަކީ ކޮންމެ މީހަކަށް ވެސް އޮތް ހައްގެކެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. މައްސަލައަކީ ތިމާނޫން މީހަކު ވެރިކަން ކޮށްގެންނ ނުވާނެ ކަމަށް ގަބޫލުކުރެވޭ ކުރުމެވެ.

    ރައީސް މުއިއްޒުގެ ވާހަކަފުޅުން ހާމަ ވެގެން ދިޔައީ ތަފާތު ފިކުރަށް މިވެރިކަމުގައި ޖާގަ ނެތްކަމެވެ. ސަރުކާރުން ޖަހާހާ ބެރަކަށް ނުނަށާ ބަޔަކަށް އެއްވެސް ފުރުސަތެއް ދެއްވަން ނެތްކަމެވެ. ރައްޔިތުންގެ އިހުސާްސް އެއްވެސް ވަރަކަށް އެނގިވަޑައި ނުގަންނަވާކަމާއި އެނގިވަޑައިގަތުމަށް ބޭނުންފުޅުވެސް ނުވާކަމެވެ. 

    ރާއްޖޭގައި އޮތީ މަލްޓިޕާޓީ ޑިމޮކްރަސީއެއް ކަމާއި ރައްޔިތުންގެ ތެރެއިން އެތައް ހާސްބަޔަކު ވާދަވެރިންގެ ގޮތުގައި ތިބިކަމަށް ރައީސް މުއިއްޒު ގަބޫލުކުރައްވަން ޖެހެއެވެ. ވާދަވެރިންނަކީވެސް ދިވެހިރައްޔިތުންކަން މުއިއްޒު ގަބޫލުކުރައްވަން ޖެހެއެވެ. ރައްޔިތުންގެ ތެރެއިން ވަކިބަޔަކު ބާކީކޮށް ވާދަވެރިންގެ އަޑު ނާއްސަވާ ކުރައްވާ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ނޫންކަން އެންމެ ފުރަތަމަ ގަބޫލު ކުރައްވަން މުއިއްޒަށް ޖެހި ވަޑައި ގަންނަވައެވެ. 

    ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ހުވާކޮށްގެން ހުރިވެރިޔަކު ރައްޔިތުންގެ ތެރެއިން ވަކިބައެއްގެ ވާހަކަ އަޑުނާހާނެ ކަމަށް ބުނުމަކީ ހުދުމުހުތާރު ކަމުގެ އިންތިހާއެވެ. ޒިންމާދާރު އިދިކޮޅަކީ މުއިއްޒަށް ސަނާކިޔަން ތިބޭބައެއްކަން ނޭގުމަކީ ވެރިކަމަށް ކުފޫހަމަނުވުމެވެ. 

    ]]>
    Fri, 26 Jun 2026 12:29:49 +0500 މުއާޒު
    ނަޝީދު އުޅުއްވީ ވާވަރު މީހުނާ ހިއްސާވެގެން ނުދަރާ ތަރައްގީކުރަން https://heerasnews.com/4325 https://heerasnews.com/4325 އެމްޑީޕީއަށް 21 އަހަރު ފުރުމާ ގުޅުވާ ތަނަވަސްކަން ހޯދުމަށް އެމްޑީޕީން އަމާޒު ހިފުމަކީ ވާދަވެރިންނަށް ހަޖަމުކުރެވޭ ކަމަކަށް ނުވިއެވެ. ގައުމު ދަރުވާލުމުގެ އިލްޒާމު އަޅުވާ ގައުމުގެ ހަރުމުދާ ވިއްކުމުގެ ބަދުނާމު އެޅުވުމުގައި އަނެއްކާވެސް އަވަދިނެތި ވާދަވެރިން އުޅެން ފެށީތާއެވެ. ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލައިފިނަ ކުރާ ތުހުމަތުތަކާއި އަޅުވާ އިލްޒާމްތަކުގައި އޮތް ހަގީގަތް ސާފުވާނެއެވެ. 

    އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހަގީގަތުގައިވެސް ހަރުމުދާ ވިއްކިހެއްޔެވެ. 25 އަހަރަށް ހުޅުލޭ އެއަރޕޯޓް ޖީއެމްއާރަށް ކުއްޔަށް ކުއްޔަށް ދިނުމަކީ މައިދޮރާށި ވިއްކާލުން ހެއްޔެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާ ވިއްކާލުމަކީ ހެދި ގޯހެއް ހެއްޔެވެ. އެމްޑަބްލިޔުއެސްސީގެ ހިއްސާ ބޭރު ބަޔަކަށް ވިއްކާލުމަކީ ލިބުނު ގެއްލުމެއް ހެއްޔެވެ. އައިޖީއެމްއެޗް އެޕޯލޯ ގްރޫޕާ ހަވާލު ކުރެވުނުނަމަ އައިޖީއެމްއެޗްގެ ހާލަތު އޮތީހީ މިހާރު އެ އޮތް ހާލަތުގައި ހެއްޔެވެ. 

    ޖީއެމްއާރާ 25 އަހަރަށް އެއަރޕޯޓު ހިންގުން ހަވާލު ނުކުރިނަމަ މިއަދު އެ އޮތް ހާލަތަށް އެއަރޕޯޓް ތަރައްގީ ނުވީހެވެ. ޖީއެމްއާރު އަތުން ގަދަކަމުން އެއަރޕޯޓް އަތުލުމަކީ ދައުލަތުން އެތައްސަތޭކަ މިލިޔަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުނު ކަމެކެވެ. ވަރުގަދަ ބިޔަ މަޝްރޫއެއް އެކުލަވާލައިގެން އެއަރޕޯޓް ތަރައްގީކުރުމުގެ މަސައަކްތް ކުރަން މަޖުބޫރުވި ޖީއެމްއާރު ބޭރުކޮށްލުމުންނެވެ. އެހެން ނޫންނަމަ އަދި އަދަށްވެސް ބޮޑު ބިޔަ ތަސައްވަރެއް އޮވެގެން އެކަމެއް ނުކުރެވުނީހެވެ. 

    އަނެއްކޮޅުން ސަރުކާރުން އެއަރޕޯޓް ހިންގަން އުޅުނީމާ ވާގޮތް އެބަފެނޭ ނޫން ހެއްޔެވެ. އެއިރަކު ގައުމު ހިންގާ މީހުން ބޭނުންކުރަން އޮތް ސިޔާސީ ހަތިޔާރަކަށް އެއަރޕޯޓް ހިންގާ ކުންފުނިވެއެވެ. އިސްރާފާ ކޮރަޕްޝަނުގެ ހާއްޔަކަށް ބަދަލުވެއެވެ. ކުންފުނިން ކުންފުނި ވިއްސައިގެން އިހުތިސޯސުން ބޭރު މަސައްކަތް ކުރުވާ ނުކަތާ ވަރަށް މީހުނަށް ވަޒީފާދީގެން ބަނގުރޫޓްވާ ދަރަޖައަށް ކަންކަން ގޯސްވެފައި އެއޮތީ ސަރުކާރުން ވިޔަފާރި ކުރަން އުޅޭތީއެވެ. 

    ސަރުކާރުން އެކަންނުކޮށް ފެންވަރުހުރި ބަޔަކު ލައްވާ އެއަރޕޯޓްތައް ހިންގުވާނަމަ ތަރައްގީއަށް ދައުލަތުން ހަރަދުނުކޮށް ކަނޑައެޅިފާ އޮންނަ މިންވަރަކަށް ފައިސާ ހުރީހީ ލިބިލިބިއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރަން އުޅުނީ އެކަމެވެ. ދައުލަތް ދަރަނިވެރިނުވެ ތަރައްގީ ވެވޭނެ އެއްގޮތަކީ އެއީއެވެ. 

    ދިރާގާއި އެމްޑަބުލިޔުއެސްސީގެ ހިއްސާ ބޭރަށް ވިއްކާލިކަމުން އެތަންތަންވެސް ބަނގުރޫޓްނުވެ ފެންވަރު ރަގަޅު ހިދުމަތް ރައްޔިތުންނަށް ލިބި ކަނޑައެޅިފައިވާ ގޮތަށް ދައުލަތަށް އެ ހުރީ ފައިސާ ލިބިލިބިއެވެ. އެ ހިދުމަތްތައް ދޭކަށް އަދި އިތުރަށް ތަރައްގީ ކުރާކަށް ސަރުކާރުން މިހާރު ވިސްނާކަށް ނުޖެހެއެވެ. އަމިއްލަ ޒާތުގައި އެތަންތަން އެހެރަ ހިނގަނީއެވެ. ލިބެންޖެހޭ އެއްޗެއް ބަރާބަރަށް އެހުރީ އެތަންތަނުން ލިބިލިބިއެވެ. ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އެތަންތަނުން ހިދުމަތްދިނުމުގައި ވަކި ބަޔަކު ވެރިކަމުގައި ތިބުމަކާ ނުތިބުމަކުން ތަފާތެއް ނޯވެއެވެ. 

    ނުދަރާ ތަރައްގީވެވޭނީ އެހެން މީހުން ބައިވެރިކޮށްގެންނެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުރެވޭތޯ އުޅުނީ އެކަމެވެ. ދައުލަތް ދަވާލުމުގެ ވިސްނުން ހުރި ބަޔަކު ނިކުމެ އެކަން ނުވެގެން ވެރިކަން ވައްޓާލުމުން އެމްޑީޕީން ހޯދާދޭން އުޅުނު ހެޔޮވެރިކަމުގެ ފޮނިމީރުކަން ރައްޔިތުންނަށް ނުލިބުމަކީ އެމްޑީޕީގެ މައްސަލައެއް ނޫނެވެ. އަދި ރައީސް ނަޝީދުގެ މައްސަލަ އެއްވެސް ނޫނެވެ. 

    ]]>
    Thu, 25 Jun 2026 17:59:11 +0500 މުއާޒު
    ރާއްޖޭގައި ވެރިކަންކުރާ ބައެއްގެގޮތުން ހަލާލް ހަރާމް ބަދަލުވުން https://heerasnews.com/4316 https://heerasnews.com/4316 ވެރިކަމުގައި ތިބޭ ބައެއްގެ ގޮތުން ބައެއް ކަންކަން ހަރާމް ހަލާލަށް ބަދަލު އައުމަކީ ރާއްޖޭގައި އާއްމުކަމެކެވެ. ކޮންމެ ވެރިކަމެއް އޮތަސް ހުއްދަވާ ހަރާން ކަންތައްވެސް ހުރެއެވެ. ދަންނަ ބޭކަލުންގެ ދަންނަކަން އޮންނަނީ އެވަގުތެއްގެ މަސްލަހަތުގެ މައްޗަށެވެ. 

    ފާޅުގައި ވެރިމީހާ ހަދާ ދޮގު ދޮގަކަށް ނުވެ ވެގެން ދަނީ ސިޔާސީ ވާހަކަ އަކަށެވެ. އިންތިހާބުތަކުގައި ވޯޓު ހޯދުމަށާއި ވެރިކަން ދެމެހެއްޓުމަށް ދޭ ރިޝްވަތަކީ ރިޝްވަތަށް ނުވެ ވަނީ ހަދިޔާއަށެވެ. ހައްޖު އުމުރާ ދައްކައިގެން ފައިސާ ހޯދާ އޭގެން ވިޔަފާރިކޮށް ފައިދާ ހޯދާ އެތައް އަހަރެއް ވަންދެން ދަތުރު ނުލިބި ބަހައްޓާ ބެހެއްޓުމަކީ ޓެކުމަކަށް ނުވަތަ ސްކޭމަކަށް ނުވެއެވެ. 

    ކޯޓްތަކުން މަތިމައްޗަށް އިންޓްރެސްޓް ނަގާ ދިނުމަކީ ރިބާއަކަށް ނުވެއެވެ. ގަވައިދުން ހުއްދަ ލިބިގެން ބަނގުރަލުގެ ވިޔަފާރި ކުރުވުމާއި ބަނގުރަލުގެ ވިޔަފާރިން ލިބޭ އާމްދަނީން ޓެކްސް ނެގުމަކީ ހަރާން ކަމަކަށް ނުވެއެވެ. ޒިނޭކުރުމަކީ ފެޝަނަކަށްވެ ހިޔާނާތަކީ ގަދަކަމަކަށް ވެފައިވާ އޮތުން ބޮޑު ކަމަކަށް ނުވެއެވެ. ކިޔާފާ ނުކިޔާނެ ކަމެއް ގައުމުގައި ނެތެވެ. 

    އެހެނެއް ކަމަކު އިލްމުވެރިންނޭ ކިޔައިގެން މަތިހަށި ނަގައިގެން އުޅޭ ގިނަ މީހުން ބީރެވެ. މަންމަނެވެ. ކަނުވެސް މެއެވެ. އެ މީހުން އަޑުއަހާ ދެކި ބަސްބުނަނީ އެވަގުތަށް ލިބެން އޮތް ބާރުވެރިކަމަކާ މާލީ މަންފާއަކަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ވެރިކަމުގެ ކޮއިލު ތެރޭން ހެޔޮވަރުގެ ބާރެއް ލިބިއްޖެނަމަ ވެރިންނަށް ވާޖިބު އަދާކޮށްދޭން އެހެން ކަމެއް ދީނުގައި ނެތޭ ހީވާވަރު ކޮށްލައެވެ. 

    މިދާކަށް ދުވަހު ވެރިމީހާގެ ދިފާއުގައި ގަޒުފު ކޮނޑަށްލައިގެން ތެދުވެ އިލްމުވެރިންނޭ ކިޔާބަޔަކު އުޅެގަތް ގޮތުން ވެރިމީހަކާއަކީ ކުށުން ބަރީއަވެގެންވާ ކުށެއް ދުވަހަކު ނުކުރާ ހުސްތާހިރު މީހެކޭ ބުނެދޭން އުޅުނު ކަހަލައެވެ. ގޮތެއް ފޮތެއް ނެތުމަކީވެސް ގޮތަކީތާއެވެ. 

    ދުނިޔޭގެ މި އަހަރުގެ ޔޯގާ ދުވަސް 700 އެތައް ބަޔަކު ބައިވެރިކޮށްގެން ފުޅާދާއިރާއެއްގައި ފާހަގަކޮށް ނިންމާލައިފިއެވެ. ކުފުރުގެ އަސަރުވެސް އޭގެން ދަންނަ ބޭކަލަކަށް މިފަހަރަކު ނުފެނުނެވެ. މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަ ކުރާތީ ކުފުރު ނައްތާލަން ގަލޮޅުދަޑަށް ވަދެ ޔޯގާ ހުއްޓުވާލިއިރު އެވަރުގެ ފާފައެއް ދުވަހަކު ނުކުރާ ކަހަލައެވެ. އެމްޑީޕީން ވެރިކަން ކުރަންޏާ އޮންނަނީ ކުފުރު ޔޯގާތާވެ. ޕީއެންސީ ވެރިކަމުގައި ބާއްވަނީ ހަލާލު ޔޯގާއެވެ. ހަމަ ގައިމު މިފަހަރު ދަންނަބޭކަލުންގެ ހިލަންވެސް ނެތެވެ، 

    ]]>
    Tue, 23 Jun 2026 16:29:53 +0500 މުއާޒު
    ކުރީގެ ވެރިންނަށް ނުކެރުނު ތަންތާ މުއިއްޒު އަތްލައިގެން އަތް ފިއްސާލުން https://heerasnews.com/4313 https://heerasnews.com/4313 އިގުތިސޯދާއި ވިޔަފާރިއާއި ގުޅުން ހުރިކަންކަމާ ކުއްލި ކުއްލިއަށް ކުޅުމަކީ ގިނަ ފަހަރަށް އޭގެ ގެއްލުން އިޔާދަކުރަން އުދަގޫ ކަންކަމެވެ. އެޒާތުގެ ކަންކަމާ ކުޅުމަކީ ވަރަށް ބޮޑަށް ބަލާ ދިރާސާކޮށް ހަދާފައި ނޫނީ ކުރުމުން އިންތިހާ ދަރަޖައިގެ ގެއްލުން ހުރި ކަމަކަށްވެދާނެއެވެ. ކުރީގެ ވެރިން ނުކުޅެހުރި ކަންކަމާ ނުކުޅެހުރީ ނުކުޅުމަށްވުރެ ކުޅެގެން ލިބޭނެ ގެއްލުން ބޮޑުވާނެތީއެވެ. 

    އެހެނެއް ކަމަކު ރާއްޖޭގެ ކުރީގެ ވެރިންނަށް އަތްލަން ނުކެރުނު ތަންތާ އަތްލަން ކެރޭ ވެރިއެއްގެ ގޮތުގައި މުއިއްޒު މަޝްހޫރު ކުރާ ބަޔަކު އުޅެއެވެ. ރައްޔިތުންގެ މަޖިލީހުގެ ވަކިކުރި ނައިބުރައީސް އަހުމަދު ނާޒިމް ވެސް ނިކަން ގިނައިން އެހެން ބުނާތީ އަހަމެވެ. އެހެން މީހުންނަށް އަތްލަން ނުކެރޭ ތަންތާގައި އަތްލައިގެން މުއިއްޒު އަތް ފިއްސާ ލުމުގެ އެންމެ އައުލާ އެއް މިސާލަކީ ދުންފަތެވެ.

    ރައީސް މުއިއްޒު ސިނގިރޭޓްގެ އަގު ބޮޑުކުރުމުގެ ކުރިން އިންޕޯޓް ޑިއުޓީގެ ގޮތުގައި އަހަރަކު ބިލިޔަނަކަށްވުރެ ބޮޑު އާމްދަނީއެއް ސިނގިރެޓުން ދައުލަތަށް ލިބެމުން ދިޔައެވެ. ރާއްޖޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ އެއް ބާވަތްކަމުގައިވާ ކެމެލް ސިނގިރެޓް ފޮއްޓެއް އޭރު ބާޒާރުން 110 ރުފިޔާއަށް ލިބެއެވެ. 

    މުއިއްޒު ދުންފަތާ ކުޅުމުގެ ކުރީން ގޮތް ނޭނގޭ ފޭކް ބާވަތް ބާވަތުގެ ދުންފަތާއި ސިނގިރޭޓެއް ދައުރެއް ނުވެއެވެ. ރާއްޖެއަށް ސިނގިރެޓް ސްމަގުލެއް ނުކުރެއެވެ. ސިނގިރެޓް ސްމަގުލުކޮށްގެން ބަޔަކަށް އަދަބުދޭކަށް ވެސް ނުޖެހެއެވެ. 

    ވޭޕް ބޭންކޮށް ސިނގިރެޓްގެ އަގު ދެގުނައަށް ބޮޑުކުރުމަކުން ދުންފަތުގެ އިސްތިއުމާލްކުރާ މީހުން މަދެއް ނުވިއެވެ. ވޭޕް ބޭނުންކުރި އެތައް ބަޔަކު ސިނގިރެޓަށް ހިޖުރަކުރީއެވެ. ރަނގަޅު ފެންވަރުގެ ސިނގިރެޓްގެ ބަދަލުގައި ގޮތްނޭނގޭ ބާވަތް ބާވަތުގެ ފޭކް ސިނގިރެޓާއި އެކި ފެންވަރުގައި ޕްރޮސެސްކޮށްފައި ހުންނަ އެކި ވައްތަރުގެ ދުންފަތުން ބިޑި އޮޅައިގެން ގިނަ ބަޔަކު ބޭނުން ކުރަންފެށީއެވެ. 

    ނަތީޖާއެއްގެ ގޮތުން ހޮޓާކެފޭ ރެސްޓޯރެންޓްތަކުގެ މޭޒުމައްޗަކީ ބިޑިއޮޅާ މަރުކަޒްތަކަށް ބަދަލުވީއެވެ. އޮޅަނީ ބިޑިއެއްކަމެއް މަސްތުވާ އެއްޗެއް ކަމަށް ނޭނގޭ ވަރަށް އޮޅުން އެރީއެވެ. ދުންފަތް ބޭނުންކޮށްގެން ކުރިން ނުޖެހޭ އެތައް ބައްޔަކާއި ރޯގާއެއް ފޭކް ސިނގިރެޓާއި އޮޅާ ބިޑީގެ ސަބަބުން މީހުނަށް ޖެހެންފެށީއެވެ. 

    ދުންފަތުން ޖެހޭ ބަލިތަކަށް ފަރުވާކުރަން ދައުލަތުން ކުރަންޖެހޭ ހަރަދު ފުކެއްވެސް ކުޑަނިވިތާނގައި ދައުލަތަށް ދުންފަތުން ލިބުނު ބޮޑު އާމްދަނީވެސް ނުލިބުނީއެވެ. ކުރީން އަހަރަކު ބިލިޔަނަކަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް މުއިއްޒު ގެނައި ބަދަލާގުޅިގެން 90 އިން ސައްތައަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ދައުލަތަށް  އުނިވެގެން ދިޔައީއެވެ. 

    ކަމެއްގެ އެކޮޅު މިކޮޅު ނުބަލާ ޖަޒްބާތުގައި ކުރާކަންކަމުން އިޔާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ވެއެވެ. އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ނަމުގައި ދުންފަތުގެ ވަގުވިޔަފާރިއަށް ދޮރު ހުޅުވާލުމުން ވީމޮޅެއް ނެތެވެ. ދައުލަތަށް ލިބުން ޢާމްދަނީ ބޮޑުތަނުން މަދުވީއެވެ. ސްމަގުލުގެ އައު ދޮރެއް ހުޅުވުނީއެވެ. ބަޔަކު ކުއްވެރި ވާނެ ކުށުގެ އައުވެއްޓެއް އުފަން ކުރުވީއެވެ. އާއްމުންގެ ދިރިއުޅުމުގެ ހާލަތު ދަށްވީއެވެ. އެހެން ކަމުން އުނބަށްޖެހުން މާލަސްވެއްޖެއެވެ.  

    ]]>
    Mon, 22 Jun 2026 13:06:21 +0500 މުއާޒު
    މުއިއްޒު ރައްޔިތުނަށް ދެއްވަނީ އިންގިލާބުގެ ދައުވަތު https://heerasnews.com/4304 https://heerasnews.com/4304 ގާނޫނީ އިމުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިކުރަން އުޅުމަކީ ކުށެއް ނޫނެވެ. ބަގާވާތެއްވެސް ނޫނެވެ. ފަސް އަހަރުގެ ދައުރަކަށް ރައީސަކު ހޮވަނީ ފަސް އަހަރު ވަންދެން ހިތުހުރިކަމެއް ކުރުމަކަށް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާކަމަކީ ހިތުހުރި ގޮތަކަށް ކަންކަން ކުރުމުގެ ލައިސަންސެއް ނޫނެވެ. މާތްކަލާގެ ގަންދީ ވެރިކަމަށް ކުރާ ހުވާއަކީ ދައުލަތް ދަވާލުމުގެ ޕާސްވޯޑެއް ނޫނެވެ.

    އިތުބާރުކޮށް ރައްޔިތުން ބާރު ދިނުމުން ގަޔަށް ހެޔޮވަރަށް ގާނޫނުތަކާއި އުސޫލުތައް ބަދަލުކޮށްގެން ދައުލަތުގެ މައްޗަށް އަތްގަދަކުރުމަކީ ރައްޔިތުން ދިން މޭންޑޭޓެއް ނޫނެވެ. ރައްޔިތުންގެ ވޯޓުން ވެރިކަމަށް މީހަކު އިސްކުރަނީ ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތްކުރުމަށެވެ. ވެރިކަމަށް މީހަކު ހޮވަނީ ގާނޫނުތައް ބަދަލުކޮށްގެން ވިޔަސް ބޭނުންހާކަމެއް ބޭނުންހާ ގޮތަކަށް ކުރުމަށް ފަސްއަހަރު ދުވަސް ވަންދެން ބަހައްޓާކަށް ނޫނެވެ.

    ފަސް އަހަރަށް ވެރިކަމާ ހަވާލުވާ މީހާ ގޯހުން ގޯހަށް ކަންކަން ދުއްވާލާނަމަ ފަސް އަހަރުވަންދެން ގޯސްހަދަން ނުބަހައްޓާ އޭނާ ހަމަ މަގަށް އަޅުވަންޖެހެއެވެ. ހަމަ މަގަށް ނޭޅޭނަމަ ވެރިކަމުން ދުރު ކުރުމަކީ ރައްޔިތުންގެ މައްޗަށް ލާޒިމުކަމެކެވެ. ވެރިއެއްގެ ވެރިކަން ފާސިދުވެއްޖެނަމަ ގާނޫނީ ހަމަތަކުގެމަތީން އޭނާ ވެރިކަމުން ދުރުކުރުމަކީ ގާނޫނު ލާޒިމު ކުރާކަމެކެވެ.

    ރައީސް އަޒުލުކުރުމުގެ ބާރު އޮންނަނީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް ކަންކަން ގޯހުން ގޯހަށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމީހުންގެ ލަގަން ރައީސުލްޖުމްހޫރިއްޔާގެ އަތަށްވަނީ ދީފައެވެ. ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތުން ވަނީ ނަގާފައެވެ. ގާނޫނުގެ ހުކުމް އެކީއެކަށް ރާއްޖޭން ނެތި ހިނގައްޖެއެވެ.

    ގާނޫނު އަސާސީގެ ބާރު ކަނޑުވާލާ އިސްލާހު ގާނޫނު އަސާސީއަށް ގެނެސް އެކަން ފަނޑިޔާރުގޭން ހަލާލު ކޮށްދިނުމަށް ވުރެ ބޮޑު ހިޔާނާތެއް ބަޔަކަށް ގައުމަކަށް ނުވެވޭނެއެވެ. އެ ނޫންވެސް އެތައް ގޮތަކުން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ކަމުން ޑރ. މުއިއްޒު ލަސްނުކޮށް އަޒުލުކުރަން ޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ.  އެހެނެއްކަމަކު ގާނޫނުއަސާސީގެ އިމުގެތެރެއިން ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމުގެ ބާރު ރައްޔިތުންނަކަށްނެތެވެ. 

    ރައީސުލްޖުމްހޫރިއްޔާ ހަމަމަގުން ކައްސާލުމުން ޖަވާބުދާރީ ކުރުވުމާއި އަޒުލުކުރުމުގެ ބާރު ވެސް މިހާރު އޮތީ ރައީސް އަތުގައެވެ. ރައްޔިތުންގެ އަތްމަތިން ގާނޫނީ ބާރު ރައީސްގެ އަތް މައްޗަށް ނެގުމަކީ ރައްޔިތުންނަށް އިންގިލާބަށް ދައުވަތު ދިނުން ނޫން ދެވަނަ ކަމެއް ނޫނެވެ. 

    ]]>
    Sat, 20 Jun 2026 15:16:57 +0500 މުއާޒު
    މުއިއްޒު ސައިޒުވަންދެން އެމްޑީޕީ މަގުމަތީގައި އޮންނާނެ https://heerasnews.com/4299 https://heerasnews.com/4299 މާވަރަކަށް ފައި ތުރުތުރު އަޅާ ބިރު ނަގަނީ ހާދަހާވާ ކަމެއް ނެތިގެންނެވެ. ރަސްފަންނަށް އެމްޑީޕީން އެއްވެލާ ވާހަކަ ބުނާ އިރަށް މުއިއްޒަށް ތިޔަވާ ވަރެއްގެ ބޮޑުކަމާއެވެ.

    އަރިއަޅާލާފައި އޮތް އެއްޗެއް ކޮށްޕާލާނެ ކުޑަ ބާރެއް ނެތިގެން ނުވެއޓި އޮންނަންޏާ ކޮނޑު ވިއްދައިގެންވެސް ހިފެހެއްޓޭތޯ އުޅެނެތާއެވެ. ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑަނެހެން ހީވަނީތާއެވެ.

    މިރެއަކު މާބާރަކަށް ގިންފައި ޖައްސުވާފައި މަގު ބަލަހައްޓަން ފުލުހުން ނެރެނީ ބިރަކުން ނޫނޭ ބުނާކަހަލައެވެ. މީގެ ކުރީންވެސް މާލޭގައި މަގުތައް އޮތެވެ. ފުލުހުން މަގުތައް ވެސް ބަލަހައްޓައެވެ. މިރެއަކު މާ ބޮޑު އިސްކަމެއް ދީގެން މަގުމައްޗަށް މަގުބެލެހެއްޓުމުގެ ނަމުގައި ފުލުން ނެރެނީ ގަންނާ ކުރައްވާ ބިރުންނެވެ. 

    އެއްވެ އުޅުމާ މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭއިރު އެއްވުން ގައިރު ގާނޫނީ އެއްވުމަކަށް ބަދަލުކުރުވަން ފުލުހުން ނެރެގެން ޖަހަން އުޅޭ ސަކަރާތަށް އެމްޑީޕީ އޮތީ ހޭލައެވެ. ފުލުހުން ނެރެގެން އެމްޑީޕީގެ އެއްވުން ހަމަ ނުޖެހުމަކަށް ވިސްނާ ވެރިންނަށް ނޭނގޭ ކަމަކީ ފުލުހުންގެ ގިނަ ބަޔަކު މުއިއްޒު ސަރުކާރު ދެކެ ރުޅިއަރާފައި ތިބިވަރެވެ. 

    ސަރުކާރުގެ ތެރެއިން ނާޖާއިޒު ގޮތުގައި ބައިއެޅޭ ޅިޔަނަކު ފުލުހުންގެ ތެރޭގައި ބަސްކިޔޭ ހިސާބުގައި ހުރުމަކީ މުޅި ފުލުސް މުއައްސަސާ މުއިއްޒާ ރުހިގެން އޮތްކަމުގެ ލައިސަންސެއް ނޫނެވެ. ފުލުހުންގެ ތެރެއިން ގިނަ ބަޔަކު މަގަށް ނެރެގެން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެކުށް އުފައްދަން ޖަހަންއުޅޭ ސަކަރާތަށްވުރެ ރައްޔިތުންގެ ބާރު މާ ގަދަވާނެއެވެ. 

    ރައީސް ނަޝީދު އިސްވެހުރެ އެމްޑީޕީ ލަޝްކަރު މަގުމަތީގައި ރުކުރުވާލާތީ މޭބޮޑުވަނީތާއެވެ. ކަރުނަގޭހާއި އަސޭމިރުހު ސްޕްރޭ ޖަހާ ކަންފަން ބައްކުރާ އަޑު ގޮއްވަން ފުލުހުން ނެރުނަސް އެންމެނަކު އަބަދަކު ނުސިހޭނެއެވެ. ސަރުކާރުން ހިންގާ ގައިރުގާނޫނީ ކަންކަން ހުއްޓުވަން އެމްޑީޕީން އަޅާ އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެއްސުވޭނެއެވެ. މުއިއްޒު ސައިޒުވަންދެން އެމްޑީޕީ މަގުމަތީގައި އޮންނާނެއެވެ. 

    ]]>
    Thu, 18 Jun 2026 20:46:46 +0500 މުއާޒު
    އަނބިމީހާ ސިޔާސީ މަގާމެއްގައި ބަހައްޓާހާ ދުވަހަކު އައްބާހަށް އިންސާފުވެރިއެއް ނުވެވޭނެ https://heerasnews.com/4295 https://heerasnews.com/4295 އެމްޑީޕީގެ އެކްޓިވިސްޓުންނާއި ލީޑަރޝިޕް ވީއްލިފައި އޮތުމަކީ ރައީސް މުއިއްޒަށް ހަމަނިދި ނިދޭނެކަމެއް ނޫނެވެ. އަމްދުން މިހާރު މި ވީގޮތުން ވީހާ އަވަހަކަށް ގޮޅިގޮޅިއަށް މީހުންފައްތާ އެމްޑިޕީގެ ވާގިނައްތާލެވޭތޯ މުއިއްޒު މަސައްކަތް ކުރާނެއެވެ. 

    ރައީސް ނަޝީދު އިސްވެހުންނަވާ އެމްޑީޕީން ކޮށްފައި ނުކުރާނެ ކަމެއް އަންދާޒާ ވެސް ކޮށްނުލެވޭނެންޏާ އަވަހަށް ހިފާލާނީ މީހުން ހިފާ ހައްޔަރު ކުރުމަށެވެ.

    މުއިއްޒުގެ ޕަޕެޓް ހެދިގެން ޕީޖީ އައްބާސް ޝަރީފް އެހުރީ މުއިއްޒު އެދޭހާ ގޮތަކަށް ކަންކަން ކޮށްދޭށޭ ބުނާތީ އިވެއެވެ. ވާނީ އެހެންތާއެވެ. އައްބާހުގެ އަނބިދަރިން ތިބީ ސަރުކާރުގެ ހަރަދުގައި ބޭންކޮކްގައިކަމަށްވެއެވެ. އާއިލީ ހުރިހާ ހަރަދެއް ބަލަހައްޓަނީ ދައުލަތުގެ ބަޖެޓުން ކަމަށް ކާޅުގޮވާހެން ރަށުތެރޭގައި އެބަ ގޮވައެވެ.

    އައްބާސްގެ އަނބިމީހާ މުއިއްޒު ދިން ސިޔާސީ ބޮޑު މަގާމެއްގައި ބަހައްޓައިގެން ދައުލަތް ދަވާލާ މީހަކަށް އިންސާފުން ކުރެވޭނީ ކޮން ޕްރޮސިކިއުޓަރު ކަމެއްހޭ މީހުން ކިޔާއުޅެއެވެ. އެހެންނޫނަސް އުފެދުމުގައި ބާތިލު ގާނޫނީ ފަތުވާ ނެރޭ ޑަކައިތެއް ދޭލަފަޔަށް ދައުވާކޮށް ހުކުންކުރާ ގައުމެއްގައި ވާދަވެރިން ޖަލުގައި ނެތުމަކީ އަޖައިބެކެވެ.

    އިދިކޮޅު އެންމެން ޖަލަށްލިޔަސް އެއްޔަކީ ސިޔާސީ  ހައްޔަރީންނަކަށް ނުވާނެއެވެ. ހުނިގުރާބު ބަލާ ވަނތް ސޮރުވެސް ކުރިކަމަކާ ބުނި އެއްޗަކާ ދިމައެއް ނުވޭނޫން ހެއްޔެވެ. ނުރުހޭ މީހަކަށް ކިނބިއްސެއް އެޅޭ ގޮތަކުން އާއްމު ސިއްހަތަށް ގެއްލުންދިން ކަމެއް ކުރުމުގެ ކުށް ސާބިތުކޮށް ޖަލަށްލުމަކީ ސިޔާސީ ކަމެއް ނޫންތާއެވެ..

    އައްބާސް ޝަރީފަށް މުއިއްޒު ނޭދޭކަމެއް ކުރެވޭނީ  ހަތަރެސްފައި ބަދެވިފައި ނެތްނަމަތާއެވެ. މީހުން ކިޔަނީ ތެދެއްނަމަ  އަނބިމިހާގެ ވަޒީފާ އާއި ދަރިންގެ ކިޔެވުމާ ކާރުކޮޅަށްވުރެ ރައްޔިތުމީހާ މުހިންމުވެވޭނީ ކިހިނެއް ހެއްޔެވެ.

    އެހެން އެކަން އޮތިއްޔާ މުއިއްޒަށްޓަކާ ވާދަވެރިންނަށް  ކުޜާވަރު އަދި މާކުޑައެވެ. އެކަމަކު އެގެންޖެހޭ ކަމަކީ މީދަލަކަށް ދުވަހެއް އައީވިއްޔާ ހިކަންޖަކަށްވެސް ފުވަހެއް އަންނާނެ ކަމެވެ .އެހެންނޫނަސް އެމްޑިޕީއަކީ ދައްކާ ބިރަށް ފަސްޖެހޭ ބައެއް ނޫނެވެ.  

    ]]>
    Wed, 17 Jun 2026 21:15:46 +0500 މުއާޒު
    މުޒާހިރީންނާ ދައުވާކުރަންޏާ މޮޓޯކޭޑާ ދެކޮޅަށްވެސް ދައުވާކުރަންޖެހޭ https://heerasnews.com/4168 https://heerasnews.com/4168 ގައުމުގެ ދުސްތޫރީބާރު ވަކި މީހެއްގެ މުށުތެރެއަށް ވަދެ ހުސްވުމުން އަދުލު އިންސާފުގެ ވާހަކަ އެކަކުވެސް ނުދައްކާށެވެ. ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ވާޖިބަށް ހުރަސްއަޅާ ވާހަކަ ނުދައްކާށެވެ. މުޅި ދައުލަތް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒުގައި ފިތިބާރު ވެފައިވާ ކަމުގެ ހެކިތައް އެންމެ ތުއްތު ކުއްޖާއަށްވެސް ޝައްކެއްނެތި އެނގޭ ވަރަށް ރާއްޖޭގައި މިހާރު ސާފެވެ.

    ކުރީން ހުއްދަ ނެގުމަކާނުލާ މުޒާހަރާ ކުރުމާއި އެއްވެއުޅުމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައި އޮތް އަސާސީ ހައްގެކެވެ. މުއިއްޒަށް ވެރިކަން ލިބިގެން އުޅެނީވެސް ގާނޫނު އަސާސީންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލާއި ފަނޑިޔާރުން ވެސް ތިބީ ހަމަ އެ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ގޮތަށެވެ.

    އެހެން އެކަން އޮތް އިރު ގާނޫނު އަސާސީން ނުދޭ ބާރުތަކާއި ހައްގުތައް ނާޖާއިޒު ގޮތުގައި ރައީސާއި މެންބަރުންނާއި ފަނޑިޔާރުންނާއި މުއައްސަސާތަކުން ބޭނުންކުރަމުން ދާއިރު އެމީހުންގެ މައްޗަށް ގާނޫނެއް ނުހިނގައެވެ. މަތި މައްޗަށް ހުވަޔާއި ހިލާފުވެ ހިޔާނާތާއި އަނިޔާވެރިކަމުގައި ހައްދުފަހަނަ އެޅިޔަސް ފެންނަ ލޮލެއް އެޅޭ ފިޔަވަޅެއް ދެވޭ އަދަބެއް ނޯވެއެވެ. 

    ޝަރީއަތް ހިންގާ ކުށްވެރި ކުރަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގު ޕްރެކްޓިސްކުރާ ރައްޔިތު މީހާއެވެ. ރައްޔިތުން އެ މީހުންގެ ހައްގު ހޯދަން މަގަށް ނިކުންނަންވީ ގޮތާއި ތަނާއި ކިޔަންވީ އެއްޗެތިވެސް ކަނޑައަޅަންވީ ރައީސާއި ސަރުކާރުންނެވެ. ސަރުކާރުން ހުއްދަ ލިބިގެން މުޒާހަރާ ކުރަން ނިކުތީމާވެސް އާއްމު އުދަގުލަކަށް އެބަހަދައެވެ. އެކަމަކު ރައީސް މީހާގެ މޮޓޯކޭޑް ދިޔުމަށް މަގުބަންދުކޮށް ދަތުރު ފަތުރު ހުއްޓުވާ ހެދުން އާއްމު އުދަނގުލަކަށް ނުވެއެވެ.

    މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ނުދީ މީހެއްގެ ގަޔަށް ބޮލަށް ނާރާ މަގުމަތީގައި މުޒާހަރާ ކުރާކުރުން ހުއްޓުވޭނެ ގާނޫނީ ހަމައެއް ނުއޮންނާނެއެވެ. ދުއްވާ ތަކެއްޗާއި މަގު ހިނގާ މީހުނަށް ދަތިވާކަމުގެ ބަހަނާގައި މުޒާހަރާތަކާ އެއްވުންތައް ރޫޅާލުމުގެ ހައްގެއް ފުލުހުންނަކަށް ވެސް ނުއޮންނާނެއެވެ. ހުއްދަކަމެއް ހުއްޓުވުމަކީ ކުރާކުށެކެވެ. އެއްޔަކީ ވާޖިބު އަދާކުރުމެއް ނޫނެވެ. މުޒާހަރާކުރުމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުންކަމަށް ހަދައިގެން އަދަބު ދިނުމަކީ އަނިޔާއެވެ. 

    މުޒާހަރާކުރުން އާއްމު އުދަގުލަކަށް ވަންޏާ މޮޓޯކޭޑްގައި ދުއްވުމަކީވެސް އާއްމު އުނދަގުލެކެވެ. ގާނޫނުލްއުގޫބާތުން މާއްދާއެއް ހޯދައިގެން މޮޓޯކޭޑާ ދެކޮޅަށް ދައުވާނުކޮށް މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ދައުވާކޮށް އަދަބުދިނުމަކީ ސިޔާސީ ގޮތުންދޭ އަނިޔާއެކެވެ. 

    ]]>
    Wed, 17 Jun 2026 07:15:18 +0500 މުއާޒު
    ރާއްޖެއަށް ޕޭޕަލް ގެނައުމުގައި މުއިއްޒުގެ ދައުރެއް ނެތް https://heerasnews.com/4287 https://heerasnews.com/4287 ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ހޯދުމަށް ރަސްމީކޮށް އެދިފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. ރާއްޖޭގައި ގާއިމުކުރާ އައު ނޭޝަނަލް ޕޭމަންޓް ސިސްޓަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި އޭރުގެ ގަވަރުނަރު އަލީ ހާޝިމް މަޖިލީހުގައި އެމައުލުމާތު ހިއްސާކުރެއްވީ 20 އޮކްޓޫބަރ 2020ގައެވެ.

    ޕޭޕަލްގެ ސްޓްރެޓީޖިކް ޕްލޭންގައި ރާއްޖެ ހިމެނޭތޯ ރަސްމީކޮށް ސިޓީ ފޮނުވާ އެހިދުމަތަށް އެދިފައިވާނެކަމަށް އެދުވަހު އެމްއެމްއެއިން ބުނެފައިވެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން ވެސް އެ ހިދުމަތަށް އެދިފައިވާކަމަށް އޭރުގެ ގަވަރުނަރު ވިދާޅުވިއެވެ. ހިދުމަތް ދިނުމާ މެދު ގޮތް ނިންމުން އޮތީ ޕޭޕަލްގެ އަތްމަތީގައި ކަމަށާއި، ރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަމަކީ އައު ނިޒާމަށް ތައްޔާރުވުން ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. 

    އޭރުގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިގޮތުގައި އައިއެސްއޯ 222 މިންގަނޑަށް ފެތޭ އައު ނިޒާމެއް ގާއިމުކުރުމުން، ޕޭޕަލް ފަދަ ކުންފުނިތަކަށް ރާއްޖޭގައި ހިދުމަތް ދިނުމަށް ދިމާވާ ފަންނީ ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. އެހެން ކަމުން ޕޭޕަލް ގެނައުމަށްޓަކާ އައިއެސްއޯ 222 މިންގަނޑަށް ފެތޭ އައު ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރީ ސަރުކާރުން ވަނީ ފަށަފައެވެ. 

    އެމްއެމްއޭގެ ސްޓްރެޓެޖިކް އެކްޝަން ޕެލޭންގައި ހިމަނާފައިވާ ގައުމީ ޕޭމަންޓް ސިސްޓަމްގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް އޭރުލަފާ ކުރެވުނީ 2021 ގައެވެ. އެގޮތުން އީކޮމާސް ގަރާރަށް ބަހުސްކޮށް މަޖިލީހުން އެ ގަރާރު ބަލައިގަތެވެ. އަދި އެ ގަރާރުގައި ގަވަރުނަރު ފާހަގަ ކުރައްވި ނުކުތާތައް ހިމަނާ ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އެންމެހާ ބަދަލުތައް ކުރީސަރުކާރުގެ ދުވަސްވަރު މަޖިލީހާއި ސަރުކާރުން ވަނީ މުޅީން ނިންމާފައެވެ. 

    ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީއިރު ޕޭޕާލް ގެ ހިދުމަތް ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ކުރީ ސަރުކާރުން ކޮށް ނިންމާފައެވެ. ދައުރު ފދެބައިވެގެން ދިޔައިރުވެސް ޕޭޕާލް ހިދުމަތް ރާއްޖެއަށް ނުހޯދި ދިގުލައިގެން ދިޔައީ ރާއްޖޭގެ މަލީ ނިޒާމާމެދު ދުނިޔޭގެ މަލީ އިދާރާތަކުގެ އިތުބާރު ސަރުކާރަށް ނުހޯދި ދިގުލައިގެން ދިޔުމުންނެވެ. 

    ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްވުމަކީ މުއިއްޒު ސަރުކާރުން މެޑެލްޖަހާ ފޮނި ކެނޑެން އޮތްކަމެއް ނޫނެވެ. ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފްކުރުމުގެ ހުރިހާ ކްރެޑިޓެއް ހައްގުވަނީ އެމްޑީޕީ ސަރުކާރަށެވެ. ކާޅު ހާލިހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން މުއިއްޒު ޖަހަން އުޅޭ މެޑެއްޔެއް ދިވެހި ރައްޔިތުން ތިބީ ޖަހާދޭ ގޮތަކަށް ނޫނެވެ. ރައްޔިތުގެ ގިބަޔަކު މިހާރު ދެކެނީ މުއިއްޒަކީ ބޮޑު ފޭލިޔަރެއް ކަމަށެވެ. 

                        

    ]]>
    Tue, 16 Jun 2026 15:52:58 +0500 މުއާޒު
    ގަޕޯގެ ކުރު ލީޑަރޝިޕްގެ ބޮޑު ކާމިޔާބީ https://heerasnews.com/4286 https://heerasnews.com/4286 ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އޮނަރަބަލް އަބްދުލްގަފޫރު މޫސާ އެމްޑީޕީގެ ވަގުތީ ޗެއަރ ޕަރސަންގެ ގޮތުގައި ކޮށްދެއްވި އަގުހުރި ހިދުމަތަށް އެމްޑީޕީގެ ރައީސް ޝުކުރު އަދާ ކުރައްވައިފިއެވެ.

    ވޭތުވެދިޔަ 6 މަސްދުވަހު އެމްޑީޕީ އަށް ކޮށްދެއްވި ހަރުދަނާ މަސައްކަތަށް ޝުކުރު އަދާކުރައްވަމުން އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވީ ދިމާވި ހައްސާސް ދަނޑިވަޅެއްގައި ޕާޓީގެ ކަންކަމާއި ހަވާލުވެވަޑައިގެން، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީގައި ގަފޫރުވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައި ކަމަށެވެ.

    ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތުގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުންވެސް ގަފޫރުގެ ހިދުމަތް އަދިވެސް ޕާޓީއަށް ލިބެމުންދާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ. 

    އެމްޑިޕީއަށް 2023 ގެއްލުނު ފަހުން އެންމެ ބޮޑު ކާމިޔާބެއް އެމްޑީޕީއަށް ލިބުނީ ގަޕޯގެ ލީޑަރޝިޕްގައެވެ. ފަސް ސިޓީގެ މޭޔަރުކަމާއި ލޯކަލް ކައުންސިލްގެ ބޮޑު ކާމިޔާބީއާއި ހިތަދޫ އުތުރުގެ މަޖިލިސް ގޮނޑިއާއި ބ. ދޮންފަނު ކައުންސިލްގެ އަންހެން ގޮނޑި ސަރުކާރާ ވާދަކޮށް އެމްޑީޕީއަށް ލިބުނީ ގަޕޯގެ ކުރު މުއްދަތުގެ ލީޑަރޝިޕްގައެވެ. 

    ދެއިންތިހާބު އެއްކުރުމުގެ ފެންނަ ނުފެންނަ ވޯޓްގައި ސަރުކާރު ފެއިލްކޮށްލުމުގައި ވެސް ގަޕޯގެ ދައުރު އިންތިހާއަށް ބޮޑެވެ. 

    ]]>
    Tue, 16 Jun 2026 14:23:08 +0500 މުއާޒު
    މުއިއްޒުގެ ބިނާކުރަނިވި ފިކުރަކީ މުޅިގައުމު ފަނާކުރަނިވި ފިކުރު https://heerasnews.com/4283 https://heerasnews.com/4283 އެއް ވޯޓުން މީދޫ ކައުންސިލް ރައިސްކަން ޕީއެންސީއަށް ގެއްލުމުން އެކަން ރައީސް މުއިއްޒަކަށް ހަޖަމެއް ނުވިއެވެ. އަރައިގެން ރުޅިން އިލެކްޝަން ކޮމިޝަންގެ ރައީސަށް މަޖުބޫރު ކުރުވައިގެން އޭނާ މަގާމުން އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވައި އެމަގާމަށް ޕަޕެޓެއް އައްޔަނު ކުރުމަށް ފަހު މީދު ކައުންސިލްގެ އިންތިހާބު ބާތިލުކުރުވާ އަލުން އިންތިހާބު ބާއްވައިގެން ބޭނުންވާ މީހަކަށް މީދޫ ކައުންސިލްގެ ރައީސްކަން ހޯދާދިނުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

    މުއިއްޒު ބޭނުންވުމުން މަޖިލީހުން މެންބަރުން ކަނޑާލެވޭ ގޮތަށް އޮތުމަކީ މުއިއްޒުގެ ބިނާކުރުމުގެ ފިކުރެވެ. މުއިއްޒު ހިންގާ އައްޔާޗީ އަމަލުގެ ވާހަކަ ރައްޔިތުންގެ ސަމަލުކަމަށް ގެންނަ ނޫސްތަކާއި ނޫސްވެރިން އުލު ބޭންދުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ރެއަކަށް އިރު އޮއްސި އިރު އަރަން ވާއިރަށް ރިޝްވަތުގެ ކަޅުފައިސާއިން މެންބަރުންތަކެއް ގަނެލުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

    ރަތްމަހަށް ނުގޮވާހާ އެއްޗެތި މޯދީއަށާއި އިންޑިއާ ސަރުކާރަށް ގޮވުމަށް ފަހު އިންޑިއާ އުގަށް ފުންމާލައިގެން ދަރައިގެން ދަރނި ދެއްކުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ގާނޫނާއި ހިލާފަށް އަނބިމީހާ ސިވިލް ސަރވިސްގައި ބަހައްޓައިގެން ދައުލަތުން އިނާޔަތް ހޯދާދިނުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

    ބަޖެޓްގައި ނެތީސް ރާޖޫއަށް ކޮންޓްރެކްޓުދީގެން އެމްޓީސީސީގެ މަހާޖައްރާފުން ރަސްމާލެ ހިއްކަންފަށާ ރަޖޫއަށް ދައުލަތުގެ އަގުބޮޑު އެތައް ބިމެއް ދިނުމަށްފަހު އެގްރިމަންޓް ބާތިލުކޮށްލުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ވުޖޫދުގައި ޓެކްނޮލޮޖީ ނެތް އަންޑަރވޯޓަރ ބިއްލޫރި ޓަނަލަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. އެމްއޭސީއެލުން ބިންހިއްކާ ކުންފުނި އުފައްދައިގެން އެއަރޕޯޓް ކޮންޕެނީ ދަރުވާލުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

    އެމީހަކު ޖެހުނު ދިމާލަކުން ޖެހުނު ގޮތަކަށް ދައުލަތް ދަވާލަން އައުވާނުންނަށް ފުރުސަތު ހުޅުވާލުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ހައްޖު އުމުރާއާއި ޒަކާތުން ވިޔަފާރި ކުރުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. އާސަންދަ އޮޅާލާ ރައްޔިތުން ބޭސް ފަރުވާއަށް ސަލާން ޖެއްސުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. އެސްޓީއޯ ބަނގުރީޓްވާ ވަރަށް ދަރުވާލައިގެން ބަންކަރިންގެ ނަމުގައި ވިޓޯލަށް މިލިޔަނުން ޑޮލަރު ހޯދާދިނުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. މަތިބަރު ބިޔަ ބޮޑު ސަރުކާރަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. ކޮރަޕްޝަނާއި އިސްރާފާއި ހޯދާ ހިދުމަތަށް އަގުނުދީ ހިފެހެއްޓުމަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. އައްޑޫ ބްރިޖާއި ތިނަދޫ ފްލޯޓިން އެއަރޕޯޓާއި ފުނަދޫ ޝޮޕިންގ ކޮމްޕްލެކްސްއާއި މިނި ރޭލާއި ހުޅުމާލޭ ފިނޭންސަލް ހަބުގެ ހިޔާލީ ފޮލާއަކީ މުއިއްޒުގެ ބިނާކުރަނިވި ފިކުރެވެ. 

    މާތްކަލާކޯއެވެ. މުއިއްޒުގެ ބިނާކުރަނިވި ފިކުރުން ގައުމު ޖެހެނީ އިނދައެވެ. ޑޮލަރުގެ އަގު ވިހިން ދަށެއް ނުވިއެވެ. ރައްޔިތުނަށް ބޭހެއް ނުލިބެއެވެ. ކާބޯތަކެތީގެ އަގަށް އަތެއް ނުފޯރައެވެ. ހައްގު ބަސް ބުނުމަކީ އަބުރާ ބެހުމަށްވެ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން ކުށަކަށް ވެއްޖެއެވެ. ކުދި ވިޔަފާރިތައް ހުއްޓި މަސްވެރިކަމާއި ދަނޑުވެރިކަން ކުރާނެ ބަޔަކު ނެތިއްޖެއެވެ. ބޭލިހާ އިންޑިޔާސިފައިން ތިބީ ކުލަ ހެދުމުގައި ހަތިޔާރު ހިފައިގެންނެވެ. ބޮޑުއަގުދީފައި ގަތް ޑްރޯނުން ހިފޭ ބޭނުމެއް ނެތެވެ. ހިލޭ ލިބުނު މަނަވަރެކޭ ބަލިދަރިއެކޭ ތަފާތެއް ނެތެވެ. 

    ހަމަތެދެކެވެ. މުއިއްޒުގެ ބިނާކުރަނިވި ފިކުރަކީ މުޅިގައުމު ފަނާކުރަނިވި ފިކުރެވެ. މުއިއްޒުގެ ބިނާކުރަނިވި ފިކުރެއް ރައްޔިތުން ބޭނުމެއް ނުވެއެވެ. ގިނަ ރައްޔިތުން ބޭނުންވަނީ މުއިއްޒުގެ ބިނާކުރަނިވި ފިކުރާ މުއިއްޒު ގައުމުން ނެތި ދިޔުމަށެވެ.  

    ]]>
    Mon, 15 Jun 2026 13:55:16 +0500 މުއާޒު
    ރައީސް ނަޝީދަށް އެމްޑީޕީ ކޮންމެ މެންބަރަކު މުހިންމު https://heerasnews.com/4278 https://heerasnews.com/4278 އެމްޑީޕީގެ މެންބަރުންނޭވެ. ޗެއަރޕާސަން އިންތިހާބު ނިމި ޗެއަރޕާސަނަކަށް ރައީސް ނަޝީދު ހޮވިއްޖެއެވެ. ގިނަ މެންބަރުން މިވަގުތަށް ބޭނުންވީ ރައީސް ނަޝީދު ލީޑަރޝިޕްގައި ހުންނަވައިގެން އެމްޑީޕީއާއިގެން ކުރިއަށް ދިޔުމަށެވެ. ގުޅިގެން އެންމެން އެކުގައެވެ.

    ރައީސް ނަޝީދު ޗެއަރޕާސަންކަމަށް މެންބަރުން ހޮވީ ވަކި ބަޔަކު ޕާޓީން ފައްސާ ބޭރުކޮށް ވަކި ބައެއްގެ މުށުތެރެއަށް ޕާޓީ ގެންދިއުމަކަށް ނޫނެވެ. ތަފާތު ވިސްނުންތަކާއެކު އެކަތިގަޑެއްގެ ގޮތުގައި އެމްޑީޕީ ވަރުގަދަކޮށް ބޮޑު ބަދަލު ރާއްޖެއަށް ގެނައުމަށެވެ. ވަކި ބަޔަކު ބާކީކޮށް އެކަހެރިކޮށް އެއްފަރާތް ކުރެއްވުމުގެ ނިޔަތްވެސް ރައީސް ނަޝީދުގެ ކިބައިގައި ހުރެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. 

    އެމްޑީޕީއަކީ ފިކުރު ގަބޫލުކޮށްގެން ޕާޓީއާއިގުޅޭ ކޮންމެ މީހަކަށްމެ ތަންމިނަށް ފުރުސަތު ދޭ ޕާޓީއެވެ. ހިއްވަރާ ކެރުމާއެކު ހަރަކާތްތެރިވާ މީހަކަށް އެމްޑީޕީގައި ޖާގަ އޮންނާނެއެވެ. އުފެދުނީއްސުރެ ދެގޮތެއްނުވެ ހުންނަ މީހާއާއި ނިކުމެނިކުމެފައި ވަންނަ މީހާއާއި އަލަށްގުޅޭ މީހާއަށްވެސް ހަމަހަމަ ފުރުސަތު އެމްޑީޕީގައި އޮވެއެވެ. 

    އަސްލު އެމްޑީޕީއަކާއި ފޭކް އެމްޑީޕީއެއް ނޯވެއެވެ. އެމްޑީޕީއަކީ އިސްލާހާއި ތަރައްގީއާއި މިނިވަންކަމާއި ހައްގުގެ ފިކުރެވެ. ދެބަސްވެ އެއްބަސްވުމުގެ ފިކުރެވެ. ތަފާތު ހިޔާލަށް ހުޅުވުނު ފިކުރެވެ. އަބުއިކަމާއި ބޭފުޅިޒަމާއި މަވެތިކަމާއި ތަފާތުކުރުމަކީ އެމްޑީ އެމްޑީޕީގެ ފިކުރެއް ނޫނެވެ. އެކެއް އަނެކަކަށް އަޅަލާ ރައްކާތެރިކަންދީ އައިބުތައް ފޮރުވާދީ ފަލީހަތްނުކޮށް މެންބަރުން އިސްލާހުކުރުމަކީ އެމްޑީޕީއާއި މެދު ކުރެވޭ އުންމީދެވެ.

    ކިތަންމެ ބައިބޯވިޔަސް އެމްޑީޕީގެ ކުޑައިގެ ދަށުގައި ތިބޭނީ އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން އެކަތިގަނޑެއްގެ ގޮތުގައި ތިބޭ އެއްބަޔެކެވެ. ކިތަންމެ ކުރިން އަޔަސް ކިތަންމެ ފަހުން އަޔަސް ކޮންމެ ތަކުން އަޔަސް އެމްޑީޕީ ކުޑައިގެ ދަށަށް މީހަކު ވަދެއްޖެނަމަ އެމީހަކު ބާކީކޮށް އެކަހެރި ކުރުމަކީ އެމްޑީޕީގެ ފަލްސަފާއެއް ނޫނެވެ. 

    އިންތިހާބީ ޖަޒްބާތުގައި އުފެދުނު ނުތަނަވަސްކަމުން އަރައިގަނެ އެކަތިގަޑެއް ގޮތުގައި ތިބެ ރައީސް މުއިއްޒު ސަރުކާރު ކޮށިއަރުވާލާ ބަލިކޮށްލުމަށްވުރެ މުހިންމު އެއްވެސް ކަމެއް އެމްޑީޕީއަކަށް މިހާރަކުނެތެވެ. ރައީސް ނަޝީދުގެ ސިޔާސީ ތަޖުރިބާއާއި ބައިނަލްއަގުވާމީ ގުޅުމާއި އެކްޓިވިޒަމް ބޭނުންކޮށްގެން ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވުމަށް އެކަކުވެސް ބާކީނުކޮށް މުޅި އެމްޑީޕީ އަތުގުޅާލަންވީ ވަގުތަކީމިއެވެ. 

    ]]>
    Sun, 14 Jun 2026 13:02:56 +0500 މުއާޒު
    މެންބަރުންގެ ހަގީގީ އަދަދު އެނގޭނީ އެތެރޭގެ ވާދަވެރި އިންތިހާބުން https://heerasnews.com/4276 https://heerasnews.com/4276 އިލެކްޝަން ކޮމިޝަންގައި ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ގިނަ ބަޔަކު ރަޖިސްޓްރީވެފައި ވާތީ ފެނެއެވެ. ޕީއެންސީގެ މެންބަރުންގެ އަދަދު އުޅެނީ 73 ހާހުން މަތީގައެވެ. އެމްޑީޕީގެ މެންބަރުންގެ އަދަދު ވެސް 48 ހާހަށްވުރެ މައްޗެވެ. 

    ކުދި ބޮޑު ފަސްލައްކަ މީހުން ހަމަނުވާ ރާއްޖޭގެ އާބާދީގެ 1/4 އާއި ގާތްކުރާ މިންވަރަށް ބޮޑު ދެ ޕާޓީގެ މެންބަރުންގެ އަދަދު އަރައެވެ. އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދާއެކު ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ނިސްބަތް 18 އަހަރުން މަތީގެ މުޅި އާބާދީގެ 1/2 އާއި އެބަ ގާތްކުރެއެވެ، 

    ބޮޑު ދެ ޕާޓީގެ މެންބަރުންގެ ރަސްމީ އަދަދު އެއްލައްކައަށް ވުރެ މަތީގައި އޮތްއިރު ބޮޑު ދެޕާޓީގެ އެތެރޭގެ އިންތިހާބުތަކުގެ ޓާން އައުޓަކުން އެކަމެއް ނޭގެއެވެ. ހުރިހާ މެންބަރުންގެ މެދަށް ހުޅުވާލައިގެން ބާއްވާ އެތެރޭގެ އިންތިހާބެއްގައި މަދު ފަހަރަކުވެސް މެންބަރުންގެ ދަފުތަރުގެ 75 ޕަސެންޓް މީހުން ވޯޓު ލާފައެއް ނުވެއެވެ. 

    އެންމެ ފަހުން ޕީއެންސީން ބޭއްވި އެންމެ ބޮޑު އިންތިހާބަކީ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކެންޑިޑޭޓުން ހޮވަން ބޭއްވި އެތެރޭގެ އިންތިހާބެވެ. ޕީއެންސީން އެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން ވޯޓު ދީފައިވަނީ 39800 މީހުންނެވެ. އެހެން ކަމުން 73000 މީހުންގެ ތެރެއިން ވޯޓު ލާފައި އެވަނީ މުޅި މެންބަޝިޕްގެ 54 ޕަސެންޓެވެ. 

    ހަމައެހެން އެމްޑީޕީ އެންމެ ފަހުން ބޭއްވީ އިއްޔެ ބޭއްވި ޗެއަރޕާސަން ހޮވުމުގެ އިންތިހާބެވެ. އެ އިންތިހާބުގައި ވޯޓު ދިނުން ހައްގުވާ 48900 މެންބަރުންގެ ތެރެއިން ވޯޓު ދީފައިވަނީ 30300 ވޯޓެވެ. މެންބަރުންގެ ނިސްބަތުން އެއީ 62 ޕަސެންޓް މީހުންނެވެ. ޖުމްލަ މެންބަރުންގެ ގިނަ އަދަދެއްގެ މީހުން އެތެރޭގެ އާއްމު އިންތިހާބު ތަކުގައި ވޯޓުދޭން ނުނިކުތުމުން އެނގި ސާބިތުވަނީ އެބައެއްގެ ހިތުން ރުހުމުން ޕާޓިއަށް ވަދެފައި ނެތް ބަޔަކު ޕާޓީގެ ދަފުތަރުގައި އޮންނަކަމެވެ.

    ބޮޑު ދެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކަށް ބަލާލުމުން އެންމެ ބޮޑުވެގެންވެސް އެއްވެސް ޕާޓީއެއްގެ މެންބަރޝިޕް ބައިލައްކައަށް ވުރެ ބޮޑު ވެގެން ގޮސްފައިވާ ކަމަކަށް ގަބޫލެއް ނުކުރެއެވެ. ހީލަތްތެރި ގޮތްގޮތް ގޮތަށް ދަފުތަރު ބޮޑުކޮށްފައި އޮންނަނީ ދައުލަތުންދޭ ފައިސާ ހައްގު މިންވަރަށްވުރެ ގިނައިން ހޯދަން ޖަހާ މަކަރުވެރި ޗައްކަރެއްގެ ގޮތުގައެވެ. އެތެރޭގެ ވާދަވެރި އިންތިހާބު ތަކުން އެ ފެންނަނީ ހަގީގީ މެންބަރޝިޕްގެ މިންވަރެވެ. 

    ]]>
    Sat, 13 Jun 2026 12:59:31 +0500 މުއާޒު
    މަރުހަބާ ރައީސް ނަޝީދު https://heerasnews.com/4274 https://heerasnews.com/4274 މަރުހަބާ ރައީސް ނަޝީދު!

    ވާދަވެރި ކެންޕޭނަކަށް ފަހު ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަންކަން ރައީސް ނަޝީދު ހޯއްދެވުމަކީ ބޮޑު ބަދަލަށް އެމްޑީޕީ މެންބަރުން ބޭނުންވެފައިވާކަން ކަށަވަރުކޮށްދިން ކަމެކެވެ. އިންތިހާބުގެ ނަތީޖާއިން އަންގާދިނީ އެމްޑީޕީއަށް ރައީސް ނަޝީދު އަދިވެސް ބޭނުންވާކަމެވެ. ރައީސް ނަޝީދާއެކު މުޅި އެމްޑީޕީ އެކަތި ގަނޑެއްގެ ގޮތުގައި އޮތުމަށް މެންބަރުން ބޭނުންވާ ވަރެވެ. 

    ގާނޫނީ ހަމަތަކުމަތީން ރައީސް މުއިއްޒުގެ ދޯދިޔާ ފެންނުހިފޭ ވެރިކަން ވީހާވެސް އަވަހަކަށް ނިންމުމަށް އެމްޑީޕީ މެންބަރުން ނިހާޔަތަށް ބޭނުންވެއެވެ. ދައުލަތް ހިންގުމުގެ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނެސް ގައުމުގެ ކަންކަން އިސްލާހު ކުރުމަށް އެމްޑީޕީ ބޭނުންވެއެވެ. 2028 ކާމިޔާބު ކުރުމަށްވެސް އެމްޑީޕީ ބޭނުންވެއެވެ. އެމްޑީޕީއަށް އެ ލަނޑު ދަނޑިތައް ހާސިލުކުރެވޭނީ ރައީސް ނަޝީދު އިސްކޮށް ބަހައްޓައިގެން ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލުކޮށްފިއެވެ. 

    ޒުވާން ޖީލަށް ޕާޓީ ހިންގުން ބަދަލުކުރުމަށްޓަކާ ވެސް މިވަގުތު ބޭނުންވަނީ ޖެހެލުންކުޑަ ތަޖުރިބާކާރު ބޭފުޅެކެވެ. ޕާޓީއާއި ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވޭނީ ވެސް ސިޔާސީ ތަޖުރިބާ ބޮޑު ސިދާ ހަރަކާތަށް ފަރިތަ ބޭފުޅަކަށެވެ. ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަ ބޭފުޅަކަށެވެ. އެވަގުތަކު އަޅަށްޖެހޭ ފިޔަވަޅެއް އެޅުމަށް ފަސްޖެހި ވަޑައި ނުގަންނަވާނެ ބޭފުޅަކަށެވެ. އާއްމު މެންބަރުނާއި ގާތުން މަސައްކަތް ކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅަކަށެވެ. އެ ބޭފުޅަކީ ރައީސް ނަޝީދު ކަމަށް އެމްޑީޕީގެ ގިނަ މެންބަރުން އަދިވެސް ގަބޫލު ކުރާކަށް އިންތިހާބުގެ ނަތީޖާއިން ބުނެދީފިއެވެ.

    އެމްޑީޕީގެ އާރުކާޓީއަކަށް ރައީސް ނަޝީދު ކަނޑައެޅިގެން ދިޔުމަކީ އެމްޑީޕީގައި ތިއްބެވި ސީނިއަރ ޕޮލިޓީޝަނުންނަށް އޮތް ނުރައްކަލެއް ނޫންކަން ރައީސް ނަޝީދު ވެސް ސާބިތުކޮށް ދެއްވަން ޖެހެއެވެ. ވެދިޔަތަނުގެ ތަޖުރިބާގެ އަލީގައި އެތެރޭގެ ކޯޅުންތައް ނައްތާލަންޖެހެއެވެ. އިހުތިރާމާއެކު ސިޔާސީގޮތުން ހަރަކާތްތެރިވެ ކުރިއަރާ ދިޔުމަށް ޖާގަ ދޭންޖެހެއެވެ. އެމްޑީޕީގެ ތެރޭގައި އިހުތިރާމާއި ލޯތްބާއި އެއްބާރުލުމާއި މެންބަރުން އެކެއް އަނެކަކަށް އިތުބާރުކޮށް ދިފާއުކުރާ ވެއްޓެއް ބިނާކޮށްދޭން ޖެހެއެވެ.

    އެމްޑީޕީގެ ސަފުތައް އަލުން ރުކުރުވާލާ ރައީސް މުއިއްޒު ސަރުކާރު ބަލިކޮށްލަން ވަރުގަދަ ޓީމް ވޯކެއް ބޭނުންވެއެވެ. ގައުމަށް ބޮޑު ބަދަލެއް ގެނައުމަށް ޒިންމާދާރު ވަރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި އެމްޑީޕީ އޮތުން ބޭނުންވެއެވެ. ރައީސް ނަޝީދުގެ ލީޑަރޝިޕްގެ ދަށުގައި އެމްޑީޕީ ހަށިފޮޅާލާ ރައީސް މުއިއްޒުގެ ވެރިކަން ނިންމާ ގައުމަށް ބޮޑުބަދަލު ގެނެވޭތަން ދެކެން ތިބީ ކެތް މަދުވެފައެވެ. 

    ]]>
    Sat, 13 Jun 2026 07:33:55 +0500 މުއާޒު
    ބޮޑު މުސާރަ ދިންވަރަކަށް ނަގާ ރިޝްވަތާއި ކުރާ ވައްކަން ގިނަ https://heerasnews.com/4267 https://heerasnews.com/4267 ރާއްޖޭގައި ޒިންމާތަކާ މަތިވެގަނެގެން ވެރިންނޭ ކިޔައިގެން އުޅޭ މީހުން ލަދުހަޔާތް ގަންނާނީ ކިހިނެއް ހެދީމާހެއްޔެވެ. އެއްޗެއް ލިބިގެން ހިތްފުރޭނީ ކިހާވަރެއް ވީމާހެއްޔެވެ. ރިޝްވަތާއި ކޮރަޕްޝަނުން މިންޖުވެވޭނީ ކިހާ ވަރެއް ލިބިގެން ހެއްޔެވެ. 

    2007ގެ ގާނޫނު އަސާސީއާއި އެކު ރައީސާއި ވަޒިރުންނާއި މެންބަރުންނާއި ފަޑިޔާރުންގެ މުސާރައާއި އިނާޔަތް އުފުލިގެން ދިޔައީ އިންތިހާއަށެވެ. މުއައްސަސާތަކުގެ އިސްވެރިންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންގެ މުސާރައާއި އިނާޔަތްތައްވެސް އުފުލިގެން ދިޔައެވެ.

    އިހު ހުރިވަރަށްވުރެ އެތައް ގުނައެއް ބޮޑިކޮށް ޖުމްލަކޮށް ހުރިހާ ވެރިންގެ އިނާޔަތާއި މުސާރަ ބޮޑުކޮށް ދައުލަތުން ދޭންފެށިއެވެ. 7 ހާހުގައި ހުރި މަޖިލިސް މެންބަރުގެ މުސާރަ 70 ހާހަށްވުރެ މައްޗަށް ދިޔައެވެ. ތިރީހަކަށް ހާސް ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ދައުލަތުން ނުދޭ ސިޔާސީ މީހަކު މަދުވާނެއެވެ. ފަނޑިޔާރުްނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ވެސް ބޮޑު މުސާރައާއި އިނާޔަތް ކޮންމެ މަހަކު ލިބެއެވެ.

    ދައުލަތުގެ ޒިންމާތަކާ މަތިކޮށްފައިތިބޭ މީހުނަށް މުސާރަތަކާއި އިނާޔަތްތައް ބޮޑުކުރީ ނުދަރާ ނުވިކި ތާހިރު ދިރިއުޅުމެއް ހޯދާދިނުމަށެވެ. ރިޝްވަތާއި  ކޮރަޕްޝަނުން ސަލާމަތްވެ ތިބެ ގައުމީ ހިދުމަތުގައި ނަޒާހަތްތެރިކޮށް ބޭތިއްބުމުގެ މާތް މަގުސަދުގައެވެ. 

    ސުވާލަކީ ދައުލަތުން ކުރާ އެ ބޮޑު ހޭދައިގެ މަގުސަދު ހާސިލުވޭހެއްޔެވެ. ޖެހުނު ތާކުން ލިބުނު ގޮތަކަށް ދައުލަތުގެ މުދަލާ ފައިސާ ބޭނުންކުރުން ދެވޭ ބޮޑު މުސާރައާއި އިނާޔަތުގެ ސަބަބުން ހުއްޓުނުހެއްޔެވެ. ރިޝްވަތުނެގުމާއި މަގާމުގެ ނާޖާއިޒު ފައިދާ ނެގުން ނުއްޓުނު ހެއްޔެވެ. 

    ނޫނެކެވެ. ނުހުއްޓުނުތާ އިހުނަށްވުރެ ހިޔާނާތާއި އިސްރާފާއި މަގާމުގެ ނާޖާއިޒު ފައިދާނެގުން އޮތީ މެކުހުގައެވެ. ރިޝްވަތު ނެގުމާއި ރިޝްވަތު ދިނުމުގައި ހިސާބެއް ކިތާބެއް ނެތެވެ. ދައުލަތުގެ މުދަލާއި ފައިސާ އިސްރާފްކުރުމުގައި މަސްލަހަތު ހުންނަ ފަރާތްތަކަށް ނާޖާއިޒު މަންފާ ހޯދާދިނުމުގައި ވަކިތަނެއް ވަކި މީހެއްނެތެވެ. އެންޓި ކޮރަޕްޝަން ހަދައިގެން ތިބެވެސް ހިންގަނީ ކޮރަޕްޝަނެވެ.  

    ވާނީވެސް އެހެންތާއެވެ. އަދުލު އިންސާފުގެ ކަންފުޅެއްވެސް ނެތެވެ. ބާރާއި ނުފޫޒުގައި ހުންނަ މީހާއާއި އެމީހާގެ ރުހުން ލިބިފައިތިބޭ މީހުންގެ މައްޗަށް ހިނގާ ގާނޫނެއް ޝަރީއަތެއް ނެތެވެ. ހިޔާނާތާއި ފަސާދައިގެ ތެރެއިން ދައުލަތަށް ގެއްލޭ ހަތަރު އަނާއެއްހާ ހިސާބުވެސް އަނބުރާ ދައުލަތަކަށް ނުލިބެއެވެ. 

    އަދުލު އިންސާފު އަރުއްވައިގަތުމުން ވާނީ އެހެންތާއެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގެ ފަނޑިޔާރުންގެ މައްޗަށްވެސް ޖިންސީ ގޯނައިގެ ތުހުމަތެއް ކޮށްލުމުން ސަސްޕެންޑް ކުރެވެއެވެ. އެކަމަކު ރާއްޖޭގައި ވާކަމެއް ހަރާމެވެ. ރައީސް އޮފީހުގެ ހުރުމަތްކަނޑާ ވެރިންގެ ތެރޭގައި އާއްޔާޝީކަން ފެތުރި ކުށުން ތަތްތޭޅުނަސް ވަރިހަމައެވެ. ހޭއަހާލާނެ ފަރާތެއްނެތި އެވާހަކަ ދައްކާ މީހުން ކުށްވެރިވާ އިންސާފެއް ނެތް ގައުމެއްގައި ދައުލަތް ވީދާ ނޮޅާކެއުމަކީ ކެރުމެވެ. ގަދަކަމެވެ. އަދުލު އިންސާފަކީ ވެރިންގެ ނިވާފަތް ގަނޑެވެ. 

    ]]>
    Thu, 11 Jun 2026 07:00:01 +0500 މުއާޒު
    ދައުވާ ކުރަންކުރަން ހުއްޓާ އެ ވިއްކާލަނީ ފޯޅަވަހި https://heerasnews.com/4260 https://heerasnews.com/4260 ފޯޅަވަހި ހިމެނޭހެން މުޅި ޗާގޯސްއަކީ ރާއްޖޭގެ ސިޔާދަތު އޮތް ތަނެއްކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ދަނީ ބުނަމުންނެވެ. މުއިއްޒު ވެރިކަމަށް އައުމަށް ބޭނުންކުރި އެންމެ ވަރުގަދަ އެއް ހަތިޔާރަކީވެސް ޗާގޯހެވެ. މުއިއްޒުގެ ވެރިކަމުގައި ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދުމަށް މުއިއްޒު ވައުދުވިއެވެ. 

    މޮރިޝަޝްއަށް ޗާގޯހުގެ ސިޔާދަތީ ބާރު ލިބިގެންވާކަމަށް އދ ގެ އާއްމު މަޖިލީހުން ނިންމާފައިވާ ނިންމުމާއި ދުނިޔޭގެ ކޯޓުން ނެރެފައިވާ އިސްތިޝާރީ ލަފާ ވެސް މުއިއްޒު ސަރުކާރުން ގަބޫލެއް ނުކުރާކަމަށް ބުނިބުނުމަކީވެސް އޮޅުވާލުމަކީތާއެވެ. އިނގިރޭސި ޕާލަމަންޓްގައި އެވާހަ ދައްކުވާފާ ދައުވާ ނުކޮށް ދަންމާލައިގެން ހުންނަ ހުރުމަކީ ވަގުޑީލެއް ހެދުން ކަމަށް ބެލެވެއެވެ.  އެމެރިކާގެ ރައީސް އާއި އިނގިރޭސި ބޮޑުވަޒީރަށް ވެސް އެކަން މުއިއްޒު އަންގާފައިވާނެ ކަމަށް ސަރުކާރުން ބުނެ ރައްޔިތުންނަށް ހަގީގީ މަންޒަރު އޮޅުވާލަނީތާއެވެ.

    ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމުގެ ތާރީހީ ހެކި ހުރިކަން ކަށަވަރު ކޮށްދެމުން ޗާގޯހުގެ ސިޔާދަތު ރާއްޖެއަށް އޮންނަން ޖެހޭކަމަށް ދެކޭ ކިތަންމެ ބަޔަކުވެސް ރާއްޖޭގައި މިހާރު އެބަތިއްބެވެ. ފުޅާދާއިރާއެއްގައި އެކަމަށް މަސައްކަތްކުރާ ލޮބީ ގްރޫޕްތައްވެސް މިހާރު ރާއްޖޭގައި އެބަތިއްބެވެ. އެ މީހުންގެ ކަން ބޮޑުވުމަކީ އެކަމަށްޓަކާ ބައިނަލް އަގުވާމީ ފެންވަރުގައި ރާއްޖޭގެ ސަރުކާރުން ކުރަން ހުރިކަންކަން ނުކޮށް ސަރުކާރުތައް އޮތް އޮތުމެވެ. 

    ކުރީ ސަރުކާރުތަކާއި ހިލާފަށް މުއިއްޒު ސަރުކާރު އައީވެސް ޗާގޯސް ރާއްޖެއަށް ހޯދާދޭށެވެ. މޮރިޝަޝްއަށް ޗާގޯސް އޮތް އޮތުން ބަދަލުކުރާށެވެ. އިގނގިރޭސީންގެ އަޅުވެތިކަމުގެ ދަށުން ޗާގޯސް މިނިވަންވެ މޮރިޝަޝްގެ ދަށަށް ދިޔުމަކަށް ރާއްޖެ ގަބޫލެއް ނޫނެވެ. ބައެއްގެ ދަށަށް ޗާގޯސް ދަންޏާ ދާންޖެހޭނީ ރާއްޖޭގެ ދަށަށް ކަމަށް ދެކޭ މީހުން ރާއްޖޭގައި ގިނައެވެ. 

    ރާއްޖެއާއި ޗާގޯހުގެ ގުޅުމުގެ ތާރީހުގެ ތެރެއަށް މިވަގުތު ދާކަށްނެތީމެވެ. މިހާރު ދައްކަން އޮތް ވާހަކައަކީ ޗާގޯސް ރާއްޖެއަށް ހޯދާދޭން އައި ސަރުކާރުން ކުރަން ކުރަން އޮއްވާ އެމެރިކާއިން ޗާގޯސް ގަނެލާ ވާހަކައެވެ. 

    ޗާގޯހަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ވަރަށް މުހިންމު އަސްކަރީ މަސްލަހަތު އޮތްތަނަކަށް ވުމުން ޗާގޯހުގެ މިލްކުވެރިކަން އެމެރިކާއަށް ނެގުމުގެ މަސައްކަތް މިހާރު އެ އޮތީފަށާފައެވެ. މޮރިޝަޝް އަތުން ޗާގޯސް ގަތުމުގެ ތައްޔާރީތައް މިހާރު ފެށިއްޖެއެވެ.

    މޮރިޝަޝް އާއި ސިޔާސީ ގުޅުން ކަނޑާލައިގެން ޗާގޯހަކީ ތިމަންނަމެންގެ ތަނެކޭ ކިޔާލަ ކިޔާލާ ހުއްޓަކަސް ކަމަކު ދާކަށްނެތެވެ. މުއިއްޒު ދައުވާ ކުރަންކުރަން ހުއްޓާ އެމެރިކާއިން ފޯޅަވަހި ގަނެލަނީއެވެ. 

    ]]>
    Tue, 09 Jun 2026 14:07:26 +0500 މުއާޒު
    އަދިވެސް އޮތީ ބޯވަތަށް ޖަހާފައި އޮތް އިގުތިސޯދެއް: ޔާމީނު https://heerasnews.com/4259 https://heerasnews.com/4259 ފިޗްރޭޓިން ތަންފުކެއް މައްޗަށް ޖެހިލައިގެން ޕީއެންސީގެ ވެރިން މަތިހަށި ނަގާތީ ހޫނު ރައްދެއް ކުރީގެ ރައީސް އަބްދުއްލާ ޔާމީނު އަބްދުލްގައްޔޫމް ވަނީ ދެއްވާފައެވެ.

    ކުރީގެ ރައީސުން ގައުމު ދަރުވާލާފައި އޮތް އޮތުމުން ރައީސް މުއިއްޒު ގައުމު ސަލާމަތްކޮށްފިކަމަށް ބުނެ ޕީއެންސީން ފަތުރާ ބުހުތާނު ބަހަނާއަށް ރައްދުދެއްވާ ރައީސް ޔާމީނު ވިދާޅުވީ ރާއްޖޭގައި އަދިވެސް އޮތީ ބޯވަތަށް ޖަހާފައިވާ އިގުތިސޯދެއް ކަމަށެވެ. 

    ރައީސް ވެރިކަމަށް އަންނަނީ ހަމައެކަނި ދަރަނި އަދާކުރުމަށް ނޫން ކަމަށާއި ލިބެން އޮތް ގޮތަކުން ފައިސާ ހޯދައިގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށްކަމަށް ރައީސް ޔާމީނު ވިދާޅުވިއެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް ވާރުތަކުރާ ދަރަނި އަބަދުވެސް ހުންނާނެކަމަށާއި ސަރުކާރުތައް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް ރައީސް ޔާމީނުވިދާޅުވެއެވެ. ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ދިނުމަށް ބޭނުންވާ ފައިސާ ނެތްނަމަ ލޯނުނަގައިވެސް ހިދުމަތް ދޭންޖެހޭ ކަމަށް ވެސް ރައީސް ޔާމީނު ވިދާޅުވެއެވެ. 

    ވެރިކަމުގެ ދައުރު ދެބައިވެގެން ދިޔައިރު މުއިއްޒަށް ކުރެއްވުނު އެންމެ ކަމެއްވެސް މުއިއްޒަށް ނުދެއްކެވޭނެ ކަމަށްވެސް ރައީސް ޔާމީނު ވިދާޅުވެއެވެ. 3 ރައިސުން ވާރުތަކުރި ދަރަނި ދެއްކިކަމަށް ބުނެ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެކަމަށް ދޭހަވާ މޭރުމަކުން ރައީސް ޔާމީނު ވިދާޅުވީ  ރައީސް މުއިއްޒު މިހާތަނަށް  ރައްޔިތުންނަށް ކޮށްދެއްވި ކަމެއް ފެންނަން ނެތް ކަމަށެވެ. 

    ފިޗްގެ ރޭޓް ތަންފުކެއް މައްޗަށް ޖެހެލުމަކީ އިންވެސްޓަރުންގެ ލިބިގެން ދިޔަ ކަމެއް ނޫންކަމަށާއި  ލޯނު ނަގައިގެން ދަރަނި އަދާކުރުމަކީ މިހާރަށްވުރެ އެތައްތަނެއް ގޯސްވުމަށް ފުރުސަތު ނެތްކަމަށް ގަބޫލުކުރުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ރައިސް ޔާމީނުގެ ވާހަކަފުޅުން މޭރުންވިއެވެ. 

    ]]>
    Mon, 08 Jun 2026 18:38:21 +0500 މުއާޒު
    ޝާހިދުގެ ހާރިޖީ ހިދުމަތުގެ ފޮނިމީރުކަން ރާއްޖެއަށް ދަނީ ލިބެމުން https://heerasnews.com/4258 https://heerasnews.com/4258 ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގައި އޮނަރަބަލް އަބްދުއްލާ ޝާހިދު ހުންނަވައިގެން ކުރެއްވި މަސައްކަތުގެ ފޮނި މީރުކަން ރާއްޖެއަށް މިހާރުވެސް އަންނަނީ ލިބެމުންނެވެ. ހާރިޖީ ދާއިރާއިން ގައުމަށް މަތިވެރި ހިދުމަތްތަކުގެ ހެޔޮނަތީޖާ މެދުނުކެނޑި ރާއްޖެއަށް ދަނީ ލިބެމުންނެވެ. 

    އެގޮތުން ކުރެއްވި ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބެއް ރާއްޖެއަށް މިހާރު އެވަނީ ލިބިފައެވެ. އޮނަރަބަލް ޝާހިދު އިސްވެ ހުންނަވައިގެން އދ ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހުގެ (އީކޯސޮކް) މެންބަރަކަށް ދިވެހިރާއްޖެ ހެދުމަށް 2022 ވަނަ އަހަރު ހުށަހެޅިއެވެ. ކޮންމެ މީހަކު މެޑެލި ޖަހަން މިހާރު އުޅުނަސް އުޅުނަސް އެ ހަގީގަތް ބަދަލެއް ނުވާނެއެވެ.

    އދ ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހުގެ (އީކޯސޮކް) މެންބަރަކަށް ދިވެހިރާއްޖެ ވުމަށް އޮނަރަބަލް ޝާހިދު މަސައްކަތް ކުރެއްވީ އދ. ގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށެވެ. ބައިނަލްއަގުވާމީ ނިންމުންތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށް، މާނަހުރި ހިއްސާއެއް ވުމުގެ މަތިވެރި މަގްސަދުގައެވެ.

    ނަތީޖާއެއްގެ ގޮތުން 2027 އިން 2029 އަށް އދ. ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލީހުގެ (އީކޯސޮކް) މެންބަރަކަށް ދިވެހިރާއްޖެ މިހާރު އެވަނީ އިންތިހާބުވެފައެވެ. ފުރަތަމަ ފަހަރަށް އީކޯސޮކް މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ކާމިޔާބުވުމަކީ އޮނަރަބަލް ޝަހިދުގެ އިސްނެންގެވުމުން ރާއްޖެއަށް ލިބުނު ކާމިޔާބެކެވެ. 

    އީކޯސޮކްއިން ރާއްޖެއަށް ގޮނޑިއެއް ލިބުމަކީ ދެމެހެއްޓެނިވި ތަރައްގީއާއި، މޫސުމީ ބަދަލުތަކުގެ އިތުރުން ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ރާއްޖެއިން ގިނަ އަހަރުތަކެއް ވަންދެން ކުރަމުންދާ ވަކާލާތާއި، ދައްކަމުންދާ އިސްނެގުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އަދާކުރަމުންދާ މުހިންމު ދައުރު ދުނިޔޭން ބަލައިގަތްކަމުގެ ހެއްކެކެވެ.

    ރާއްޖެއަށް ލިބުނު މި ތާރީހީ ކާމިޔާބީ ހޯދައިދިނުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ދިވެހި ހާރިޖިއްޔާގެ "ޓީމް ހާރިޖީ" އަށް ކުރީގެ ހާރިޖީ ވަޒީރު އަދި އދ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ މިހާރުގެ އިދިކޮޅު ލީޑަރ އޮނަރަބަލް އަބްދުއްލާ ޝަހިދު ވަނީ އިހުލާސްތެރިކަމާއެކު މަރުހަބާ ދަންނަވާފައެވެ. 

    ]]>
    Mon, 08 Jun 2026 11:21:26 +0500 މުއާޒު
    މެންބަރ ފަލާހަށް: ހިތަދޫއުތުރުން ބުނީ ތިން ބަލިން ބަލިކޮށް އިސްތިއުފާ ދިނުމަށް! https://heerasnews.com/4253 https://heerasnews.com/4253 މާވަޑި ކަލޭގެއަށް އައްޑޫއެއް، ހިތަދޫއެއް، ހިތަދޫ އުތުރެއް ނޭގުނުތާއެވެ. ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ ކިއްލާއެއް ކަމަށް ކުރާ ދައުވާއަކީ ހަމައެކަނިކުރާ ދައުވާއެއް ނޫނެވެ. ހިތަދޫ އުތުރަކީ ހަގީގަތުގައިވެސް އެމްޑީޕީގެ ކިއްލާއެކެވެ. ނިމިދިޔަ ބައި އިލެކްޝަނުން އެކަން އިތުރަށް ސާބިތުވެއްޖެއެވެ.

    އާނއެކެވެ. އެމްޑީޕީގެ ލީޑަރޝިޕް ހިތަދޫ އުތުރު ދާއިރާއަށް ނިކަން ފަރިތަވާނެއެވެ. އިބޫއާއި އަންނިއާއި ފައްޔާޒާއި ޝާހިދާއި އާޒިމަށް އެމީހާ މިމީހާ ނޭނގޭ އެކަކުވެސް އެދައިރާއަކު ނުހުންނާނެއެވެ. ކާކު ކުރާނީ ކީއްކަމާއި ކާކު ބޭނުންވާނީ ކޮންކަމެއްކަން އެ މީހުންނަށް އެނގެނޭއެވެ. އުކުޅަހު ބަސްއެހި ވަޒީރުމެންހެން އެމީހުނަށް މީހުން ދަސްކުރަން އުޅޭކަށް ނުޖެހޭނެއެވެ.

    އައްޑޫ އަސްލަމަށް މުޅި އުމުރުގައި އެދާއިރާގެ މެންބަރުކަން ކުރެވުނީ ގައިމުކަމެއް ވެގެންތާއެވެ. މި އިންތިހާބުގައި ބައެއް ވޯޓް ފޮށިތަކަކުން ޕީއެންސީ ކެންޑިޑޭޓަށް ކުރި ލިބުމުން ތިން ދައުރު އައްޑޫގެ މޭޔަރު ކަންކުރި ސޯދިގު ލަދުވެތި ގޮތަކަށް ބަލިކޮށް ލައިފިޔޭ ފަލާހު ބުނަން ލަދުނުގަންނަ ކަމެވެ. ސަރުކާރުގެ ހުރިހާ ކުންފުނިތައް ހިތަދޫ އުތުރަށް އަރިކޮށްލައިގެން ވަޒީފާއާއި ރިޝްވަތު ފައިސާ ބެހުމުގައި ޕީއެންސީއާއި ސަރުކާރުގެ ވަޒީރުން ތަނުއެޅި ކުނާ ހެދިގެން ކުރިހާ މަސައްކަތް ޗޮކުން ދިޔައިމާ އަދިވެސް އެބަ އަނގަދިޔާކުރެއެވެ. 

    މުއިއްޒާއި ފަލާހާއި މުޅި ޕީއެންސީ ބޮޑު ފޭއްޔަކުން ފޭލިވީކަން ނޫންކަމެއް ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން ބުނެއެއް ނުދެއެވެ. ސަރުކާރުގެ އާރާބާރު އޮވެ ކަށީގެ މަދަށް މަސައްކަތްކޮށްގެން ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ދިފާއު ނުކުރެވުމަކީ ލަދު ގަންނަންޖެހޭ ވަރުގެ ހުތުރު ބައްޔެކެވެ.

    ހަނދާން އައުކޮށްލާށެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އާއި މާލެއަތޮޅު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ފަސޭހަކަމާއެކު އެމްޑީޕީން ކާމިޔާބުކޮށް ސަރުކާރުން އެ ދެ ގޮނޑި ދިފާއުކުރިއެވެ. އެކަމަކު ވެރިކަމުގެ އާރާބާރު ދައްކައިގެންވެސް މުއިއްޒަށް ހިތަދޫ އުތުރު ގޮނޑި ދިފާއެއް ނުކުރެވުނެވެ. ލަދުގެން ބަލާށެވެ. 

    އަނެއްކޮޅުން އައްޑޫގައި ޖެހިޖެހިގެން ހުތުރު ތިން ބަލިން މުއިއްޒު ސަރުކާރު ބަލިވީއެވެ. އައްޑޫ ސިޓީން ފޭދޫ ވަކިކުރަން ކުރި މަސައްކަތުގައި ވެސް މުއިއްޒު ވީ ފޭއްޔެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫ މޭޔަރކަމާއި ސިޓީކައުންސިލްގެ ފުޅާ މެޖޯރިޓީ މުއިއްޒު ސަރުކާރަށް ވަނީ ގެއްލިފައެވެ. ދެބާރު އެއްކުރާން އުޅުނު ފެންނަ ނުފެންނަ ވޯޓުންވެސް އައްޑޫގައި މުއިއްޒު ސަރުކާރުވީ ބައްޔެވެ. އެންމެފަހުން ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑިވެސް މުއިއްޒު ސަރުކާރަށް ގެއްލުނީއެވެ. 

    ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން މުއިއްޒާއި މުއިއްޒު ސަރުކާރަށް ލިބޭނެ އެއްވެސް ކާމިޔާބެއް ނެތްކަން ސާފުކޮށް ރައްޔިތުން އެދަނީ ބުނެދެމުންނެވެ. ލަދެއް ހަޔާތެއް ހުރިނަމަ މޮޅުވާހަކަ ނުދައްކާ އިސްތުއުފާދީފައި ގެއަށް ކަނޑާލުން ނޫން ގޮތެއް މިހާރަކު މުއިއްޒާއި މުއިއްޒުގެ އައުވާނުންނަކަށް ނެތެވެ. 

    ]]>
    Sun, 07 Jun 2026 12:17:27 +0500 މުއާޒު
    އަތްޖަހާ ވަރެއްނޫން & ނުރައްކާ ހީނުކުރާހާ ބޮޑު! https://heerasnews.com/4251 https://heerasnews.com/4251 ފިޗުން ކްރެޑިޓް ރޭޓިންގް އެއް ދަރަޖަ މައްޗަށް ޖެއްސި ނަމަވެސް ރާއްޖޭގެ ހާލަތު ރަނގަޅެއް ނުވެއެވެ. ކަންބޮޑުވުންތަކަށް ލިބުނު ލުޔެއް ނެތެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް އަދާކުރަންޖެހޭ ދަރަންޏެއް ކުރެވެން އޮތްގޮތަކަށް އަދާކުރަން މަޖުބޫރުވެއެވެ. ބައެއްގެ ފައިބުޑަށް ވެއްޓި ދޫލާން ޖެހުނު ތަނެއްގައި ދޫލައިގެންވެސް އަރައިގަތުމަށް މަޖުބޫރެވެ. 

    އެއްވެރިކަމުން އަނެއް ވެރިކަމަށް ދަރަނި ވާރުތަ ވުމުގައި ދަރަނި ދެއްކުން ފަސްކުރުމާއި ދަރަނި އަދާކުރަން ދަރަނި ނެގުމަކީ ކަށީގައި ހިފާފައިވާ ވާކަމެކެވެ. ވަރުތަވާ ދަރަނީގެ ބުރަ އޮތް ގޮތަށް އޮއްވާ ދުނުޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކާއި ފެތުރޭ ބޮޑެތި ބަލިމަޑުކަމުގެ ސަބަބުން އުފުލަންޖެހޭ ކުއްލި ނުރައްކަލުގެ ހާލަތްތަކުން އިތުރަށް ގިއްގަޅުވާލައެވެ. 

    2026ގައި ބިލިޔަނަކަށްވުރެ ގިނަ ޑޮލަރ ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަން ޖެހުނީ ނޭނގިއެއް ނޫނެވެ. ދަރަނި އަދާކުރަން ދަރަނި ނަގައިގެންނާއި ލޯނުތަކާއި ބޮންޑުތައް ލަސްކޮށް ފަސްކޮށްގެންވެސް ވާރުތަވީ ބޭރުގެ ދަރަނި ބިލިޔަނަކަށް ވުރެ ކުޑަނުވީއެވެ. 2023 ގައި ވެރިކަމަށް ވާދަކުރި އެންމެންވެސް 2026ގައި އަދާކުރަން އޮތް ދަރނީގެ ވާހަކަ ދެއްކިއެވެ. ހައްލުތައް ހުރިކަމަށް ބުނަމުން ދިޔައެވެ. އެހެން އެވާހަކަ ދެއްކިޔަސް ހަގީގަތުގައި ހައްލުކުރާނެ މާގިނަ ގޮތްތަކެއް ނެތެވެ. ފޯރުންތެރި ގައުމެއްގެ ޖީބަށް ފުންމާލުން ނޫނީ އެއްވެސް ގޮތެއް ހަގީގަތުގައި ނެތެވެ. އައުޓް ކުރަން އުޅުނު އިންޑިއާ އުނގަށް ވެއްޓިގަންނަން މުއިއްޒަށް ޖެހުނީ އެހެންވެއެވެ. 

    ފިޗްގެ "CCC-" ރޭޓިންގްއަކީ އިގްތިސާދީ ގޮތުން ނާޒުކު އަދި ނުރައްކާތެރި ހާލަތެއްގައި އޮތްކަން އަންގައިދޭ މިންގަނޑެކެވެ. ފިޗް ރޭޓިންގްސްއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ހުރި މައިގަނޑު ގޮންޖެހުންތަކާއި ނުތަނަވަސްކަން ހުރި ދާއިރާތަކަށް އެ އެޖެންސީ ބައިލާފާ އޮވެއެވެ. ފިޗުން ފާހަގަކުރާ ކަންބޮޑުވުންތަކަކީ:-

    ބޭރު ފައިސާގެ ރިޒާވް ދަށްވުން:

    ސުކޫކަށް ފައިސާ ދެއްކުމަށްޓަކައި ރާއްޖޭގެ އެތެރޭގެ ވަސީލަތްތަކަށް ބަރޯސާވުމުގެ ސަބަބުން، ދައުލަތުގެ ރައްކާތެރިކަމަށް ހުރި ފައިސާ ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ސަވަރިން ފަންޑު (އެސް.ޑީ.އެފް) ގައި ހުރި ފައިސާގެ ތެރެއިން ބޭނުންކުރެވޭ މިންވަރު ގާތްގަނޑަކަށް ހުސްވުމަށްފަހު، މިހާރު ހުރީ 21 މިލިއަން ޑޮލަރެވެ. މީގެ އިތުރުން، ރާއްޖޭގެ ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާވް 244 މިލިއަން ޑޮލަރަށް ދަށްވެފައިވާއިރު، މިއީ ރާއްޖެއަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް އެއް މަސް ދުވަހަށް ވެސް ފުދޭނެ މިންވަރެއް ނޫނެވެ.

    ބަޖެޓް ޑެފިސިޓާއި ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވުން:

    ފިޗްއިން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބަޖެޓް ޑެފިސިޓް ޖީ.ޑީ.ޕީގެ ނިސްބަތުން 14.6 އިންސައްތައަށް އަރާނެއެވެ. މިއީ ސަރުކާރުން އަމާޒު ހިފާފައިވާ 7.1 އިންސައްތައަށްވުރެ މާ މަތީ އަދަދެކެވެ. ހަމައެއާއެކު، ރާއްޖެއަށް ބޭނުންވާ ތެލާއި ކާބޯތަކެތީގެ ބޮޑު ބައެއް ބޭރުން އިމްޕޯޓް ކުރަންޖެހުމުގެ ސަބަބުން، ކަރަންޓް އެކައުންޓް ޑެފިސިޓް ޖީ.ޑީ.ޕީގެ ނިސްބަތުން 17.5 އިންސައްތައަށް ބޮޑުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

    ބޭރުގެ ނުފޫޒުތަކާއި ނުރައްކާތައް:

    ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދެއެވެ. ވަކިން ހާއްސަކޮށް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވުމާއި، މީގެ ސަބަބުން ދަތުރުފަތުރުގެ ދާއިރާއަށް ކުރާ އަސަރުތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވުމުގެ ބިރު އެބައޮތެވެ.

    ޑޮލަރުގެ ތާށިކަން އިތުރުވުން:

    ކަޅު ބާޒާރުގައި ދިވެހި ރުފިޔާ ދައުރުވާ މިންވަރު އިތުރުވުމުގެ ސަބަބުން، ރަސްމީ އެކްސްޗޭންޖް ރޭޓަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންދެއެވެ. މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި އެމެރިކާ ޑޮލަރު ލިބުމަށް ހުރި ދަތިކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

    ބުނެވިދިޔަ ކަންކަމަށް އެކަނި ބަލައިލިޔަސް ހަމަޖެހުން ނެއްކަން ވަރަށް ސާފެވެ. އަމްދުން އެތެރޭގެ ދަރަނީގެ ހާލަތު އޮތީ ސަރުކާރުގެ ހަކަތަ ހުސްވާހާ ނުރައްކާތެރި ހާލަތެއްގައެވެ. ގަވައިދުން މުސާރަ ދޭންވެސް މިހާރަކު ފަސޭހައެއް ނޫނެވެ. އަނެއްކޮޅުން ރީޝްވަތާއި ކޮރަޕްޝަނާއި އިސްރާފު ހުރީ މޫލާފައެވެ. 

    ]]>
    Sat, 06 Jun 2026 12:38:57 +0500 މުއާޒު
    ބަނގުރޫޓްނުވެ އޮތީ މުއިއްޒުގެ މޮޅުކަމަކުން ނޫން & އިންޑިއާގެ ހެޔޮކަމުން https://heerasnews.com/4245 https://heerasnews.com/4245 ރައީސް މުއިއްޒު ވެރިކަމަށް އައިފަހުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭޓިންގ އެޖެންސީ އަކުން ރާއްޖޭގެ ރޭޓިންގ ކުޑަތަންފުކެއް މައްޗަށް ޖައްސާލުމުން މިތިބަވާވަރެއް ދޮތައެވެ. ސަރުކާރަށް މާ ބޮޑު ކާމިޔާބީއެއް ހޯދާދެވިގެން ދަތް މައްޗަށް ތުންނާރާ ބައިސާ ކަނޑަމުން މުޅި ސަރުކާރު މޮޔަގެރި ހެދިގެން އުޅޭއިރު ރާއްޖޭގެ ހަގީގީ ހާލަތު އޮތީ އުފަލުން ލަވަކިޔާ ނެށޭ ހިސާބަކު ނޫނެވެ. 

    އިންޑިއާއިން ކަރަންސީ ސްވެޕް މިފަހަރުވެސް ނުދިންނަމަ ހެދޭނެ އެއްވެސް ގޮތެއް މުއިއްޒަކަށް ނެތެވެ. ކޮންމެ މަސްލަހަތެއްގައި ނަމަވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށް ނުދިންނަމަ ޗާޕްނުކުރަމޭ ހިކުމަތު އަމަލޭ ވާރުތަ ދަރަންޏޭ ކިޔައިގެން ފޮނުއަރުވާކަށް ފުރުސަތެއް ނުލިބުނީހެވެ. ފިޗް ރޭޓިންގ ހަގީގަތް އެނގޭ އެކަކުވެސް ހިތްހަމަ ޖައްސާލެވޭވަރުގެ ކުރިއެރުމެއް ރާއްޖެއަކަށް ނުލިބެއެވެ. 

    ކުރީގެ ރައީސް ޔާމީނު ވިދާޅުވާހެން ފިޗްގެ ރޭޓިންގައި ސީ ގިނަ ވުމަކީ ރޭޓިން ކުރިއަށް ޖެހުންކަމަށް ޕީއެންސީއަށް ހީވިޔަސް ދަރަނި ދެއްކުމުގެ ހިރާސް ނެތިދިޔުމެއް ނޫނެވެ. ދަރަނި އަދާ ނުކުރެވިދާނެ ކަމުގެ ބިރު އަދިވެސް ވަރަށް ބޮޑަށް އެބައޮތެވެ. ފިޗުން ފާހަގަ ކުރާހެން އަވައްޓެރި އެހީދޭ ގައުމުތަކުން އަޅާ ނުލައިފިނަމަ ދަރަނި އަދާކުރެވޭހެ ގޮތެއް އަދިވެސް ނެތެވެ.

    ރާއްޖޭގެ ތަޖުރިބާ ކާރު އޮޑިޓަރ އިސްމާއީލް ޒަރިޔަންދު ވެސް ވަނީ ރާއްޖޭގެ ބަޖެޓްގެ ހާލަތު 2023 އިން 2026 އޮތްގޮތް ރަސްމީ ތަފާސް ހިސާބުތަކާ ހަވާލާދެއްވާ މީހަކަށް އެއްޗެއް ވިސްނޭނެ ވަރަށް ހާމަކޮށް ދެއްވާފައެވެ.   

    ޒަރިޔަންދު ހާމަ ކުރައްވާފައިވާ 2023 އިން 2026 ގެ ބަޖެޓް  ހަގީގަތް: 

    ⬅️އާމްދަނީ/އެހީ: 145.5 ބިލިއަން 

    ⬅️ހަރަދު: 180.1 ބިލިއަން 

    ⬅️ޑެފިސިޓް: 34.6 ބިލިއަން 

    ⬅️ދަރަނި އަދާކުރަން : 23.2 ބިލިއަން 

    ⬅️ނެގި ދަރަނި: 66.9 ބިލިއަން 

    ދަރަނީގެ ހާލަތު:

    ބަޖެޓުގެ ހިސާބުތަކުން ދައްކާގޮތުގައި 1 ޖެނުއަރީ 2024 އިން 31 ޑިސެމްބަރު 2026 ގެ ނިޔަލަށް، މި ސަރުކާރުން ދައުލަތުގެ ދަރަނި އިތުރުކުރާ މިންވަރު 57.5 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ޒަރިޔަންދު ވިދާޅުވެއެވެ.

    ދަރަނި އަދާނުކުރެވިދާނެ ކަމުގެ ބިރު އިންތިހާ ދަރަަޖައަށް އޮއްވާ މުއިއްޒުގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ރޭޓިން މައްޗަށް ޖެހެލުމުން ފޮނިކަނޑާ އޮޅުވާލަން ރައްޔިތުންގެ ލޮލުގައި އަނދުން ނާޅުވާށެވެ. ބޭރުން އޮފުކުރިޔަސް އެތެރެ ފޮރިބޮއެ ހުސްވެފައިވާ އެއްޗެއް ޗިސްޗިސް ވާނީ ކުއްލިއަކަށެވެ. ޢެރަކުން ކުރާނެކަމެއް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. މިހާރުވެސް ރާއްޖެ ބަނގުރޫޓްނުވެ ހިފެހެއްޓެނީ މުއިއްޒުގެ މޮޅުކަމަކުންނޫނެވެ. އިންޑިއާގެ ހެޔޮކަމުންނެވެ.  

    ]]>
    Fri, 05 Jun 2026 09:21:44 +0500 މުއާޒު
    މުއިއްޒުގެ ޑެސްޕަރޭޓްނަސް ޓް ދަ މެކްސް https://heerasnews.com/4239 https://heerasnews.com/4239 އާދޭހެވެ. މީހަކު ޑެސްޕަރޭޓް ވާނީ ތިހާކަށް ވަރަށެވެ. ރައީސް މުއިއްޒް ޑެސްޕަރޭޓްވުން ހަގީގަތުގައިވެސް ތިޔަހުރީ މެކުހުގައެވެ. ތިޔަހާ ވަރުން ދަންޏާ ކަމުންރެކެން އަމިއްލައަށް ބޮލާފޮށާ އަޅައިގެން މަގަށް ނިކުންނަ ހިސާބަށް ދާކަށް ލަހެއް ނުވާނެއެވެ. 

    މާތްކަލާކޯއެވެ. ނޫސްވެރިން ކުރިމައްޗަށް ނިކުމެ ހުރެ ތިޔަ ދެއްކެނީ ތިމާ ޑެސްޕަރޭޓްވެފައި ހުރިވަރެވެ. ދިހަބާރަ މިނިޓް ކީއްކުރަން ހެއްޔެވެ. ގަޑިދެގަޑިރުވެސް މޫނަށް ރުލެއްވެސް އަރުވާނުލާ ހުރެ ދޮގުމައްޗަށް ދޮގުހަދަނީ ކާކުކަން އެންމެ ތުއްތު ކުއްޖާއަށްވެސް އެނގެއެވެ. 

    ވަކަރުކޭ ކުއްޖެކޭ ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއޔާއެކޭ އެއްވެސް ތަފާތެއް ނެތެވެ. ދައުލަތުގެ އެންނެ އިސްވެރިޔާގެ ބަސްމަގު ހުންނަގޮތުން ދިވެއްސަކަށްވީތީ ލަދުގަނެއެވެ. އެއްކޮޅަސް ދެކޮޅަސް ކޮންމެ ރައްޔިތަކީ ރައީސްގެ ކުރިމަތީގައި އިހުތިރާމް ލިބިގެންވާ މީހެއް ކަމުގެ އިހުސާސް ވާހެނެއް ހިޔެއް ނުވެއެވެ. އަމިއްލަ ރައްޔިތުންނަށް ނިސްބަތްކޮށް ރަތްމަހަށް ނުގޮވާ އެއްޗެހި މުއިއްޒު އެބަގޮވައެވެ. 

    އަޖައިބެއް ނުވާނެހެއްޔެވެ. ތަނެއްގައި މުއިއްޒަކު ހުރެގެން އެ މީހަކާ އަޅައިގަނެގެން މީހަކު ނޫޅެއެވެ. ފާރަވެރިވެ ފާޑުކިޔާ ތުހުމަތުތައް ކުރަނީ އަނބި ދަރިންނަށް ދާންދެން ރައްޔިތުންގެ މާލިއްޔަތުން ބޮޑު މުސާރައާއި އިނާޔަތާއި ގެދޮރާއި ރައްކާތެރިކަން ދީފައި ހުންނަ ރައްޔިތުން ވޯޓުދީގެން ހޮވާފައި ހުންނަ ވެރިމީހާއަށެވެ. ރައްޔިތުންގެ ބަތާ ކައިގެން ހުންނަ މީހާގެ ޒާތީ ދިރިއުޅުމަކީވެސް ރައްޔިތުން ފާރަވެރިވާނެކަމެއްކަން ނޭގުމަކީ ކުފޫ ހަމަ ނޫންކަމެވެ. 

    މަތިމައްޗަށް ދޮގުހެދުމުގެ ރެކޯޑް އޮތް މުއިއްޒު އެހެން މީހުން ދޮގު ހަދަނީކަމަށް ބުނެ ކަމުން ރެކެން އުޅުނަސް އެކަމެއް ނުވާނެއެވެ. މުއިއްޒު ދޮގެކޭ ބުނާ ކޮންމެ ކަމަކީ ތެދަކަށް ނުވާނެއެވެ. ކަށިނެތް ދުލެއް އޮތީމާ އަނގަތެރޭގައި ތެޅުވިދާނެއެވެ. ރައްޔިތުންގެ ކުރިމަތީގައި ފާޅުކަން ބޮޑު އެތައް ސަތޭކަ ދޮގެއް މުއިއްޒުވަނީ ހަދާފައެވެ. މިއުޅެނިއްޔަކީ އެ ދޮގުތަކުގެ ލިސްޓް ލިޔާކަށް ނޫނެވެ. މުއިއްޒާއެކު މީހަކު ވަކިތަނެއްގައި ވަކިކަމެއް ކުރިވާހަކަ ބުނުމުން އެކަމެއް މުއިއްޒު ދޮގުކުރުމުން ހަގީގަތް ބަދަލެއް ނުވާނެއެވެ.

    މިސާލަކަށް އީޝާ މުއިއްޒާއެކު ކުރީމޭ ބުނިކަމެއް މުއިއްޒު ނުކުރަމޭ ބުނުމުން އޭގެން ތެދުހަދަނީ ކާކުކަމެއް ނޭގެއެވެ. އީޝާގެ ވާހަކަ ދޮގުކޮށް މުއިއްޒުގެ ވާހަކަ ތެދުކަމަށް ގަބޫލު ކުރެވޭނީ ދުވަހަކުވެސް ދޮގެއް ހެދިކަން ނުވެ އޮތް ނަމަތާއެވެ. މުއިއްޒަކީ ދޮގުމައްޗަށް ދޮގުހަދާކަމަށް މަޝްހޫރުވެފައިވާ ވެރިއެކެވެ. ނިތްކުރިއަށް ރުލެއްވެސް އަރުވާނުލާ އެހެން މީހުން ބުހުތާން ދޮގުހަދާކަމަށް ބުނެ އަނގަހުޅުވަން މުއިއްޒު ލަދުނުގަންނަ ކަމެވެ. 

    އުޅެވުނު ގޮތަކުން ބޮލަށް ބިންދާލި ރާޅެއްގެ ބޮޑުކަމުން ސަލާމަތްވާން އުޅުނުއުޅުނުހެން ތިޔަހެރެވެނީ ގަނބެވެ. ޑިސްޕަރޭޓްވެ ވާނުވާ ނޭގޭ ހިސާބަށް ތިޔަ ހުރެގެން ދަނީއެވެ. ވެރިކަމަކީ މުއިއްޒުފަދަ ދެސްޕަރޭޓްވާ މިހަކާ އެކަށޭނަކަމެއް ނޫނެވެ، އަވަހަށް ފައިބާށެވެ.

    ]]>
    Tue, 02 Jun 2026 08:48:53 +0500 މުއާޒު
    ސަރުކާރެއްކަމަކު ޖަނގިޔާ ބޭލުމުން ވާނީ ބަރަހަނާ https://heerasnews.com/4235 https://heerasnews.com/4235 ސަރުކާރެއް ވިޔަސް ޖަނގިޔާ ބޭލީމާ ބަރަހަނާވުން ނޫންކަމެއް ނުވާނެއެވެ. ޖަގިޔާއަކީ ނިވާކޮށް ދޭން އޮންނަަ އެންމެ ފަހު ފޮތިކޮޅެވެ. ޖާގިޔާ ބޭލިއްޖެ ނަމަ ނިވާވުމުގެ ކަންފުޅެއް ނެތި އެކީ އެކައްޗަކަށް ވާނީ ބަރަހަނާއެވެ. 

    ދިއްގަރު ދާއިރާގެ މެންބަރު މަޖިލިހުގެ ނައިބުރައިސް ކަމުން ބޭލުމަކީ ސަރުކާގެ ނިވައިފަތް ގަޑެއް ނެތި ބަރަހަނާވުން  ކަހަލަ ކަމަކަށް ނުވާނެއެވެ. ރާއްޖޭގެ ނިސްބަތުގައި އަހުމަދު ނާޒިމް (ނަމިރާ ނާޒިމް)އަކީ ސަމާސާ މީހެއް ނޫނެވެ.  

    ރައީސް ޔާމީނުގެ ވެރިކަން ވެއްޓުމުގެ ފެށުމަކީ ނާޒިމް އެއްފަރާތްކުރުން ކަމަށް މުހައްލިލުން ބުނެއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިންމުމުގައި ބޮޑު ދައުރެއް ނާޒިމް ކުޅުނެވެ.

    ގާސިމް އިބުރާހީމް ރައީސް ސޯލިހާއެކު ދިޔަނުދީ ހިފަހަޓާލީ ނާޒިމްގެ ހިކުމަތުން ކަމަށް ބުނެވެއެވެ. ކާނަލް ނާޒިމާއި ގާސިމްއި މުއިއްޒުގެ ފަހަތަށް ގެނައުމުގެ މޭސްތިރިއަކީ ވެސް ނާޒިމެވެ. 

    ބަލަންތިބޭށެވެ. އެ ލުހެލީ މުއިއްޒު ސަރުކާރުގެ ކޮޅު އުނގުރިއެވެ. ދިޔަތައް ހަލައިފިކަމުގެ ހެކި  ދިމާލަށް އެހުރެދަނީ ފެންނަމުންނެވެ. ނާޒިމް ބޭރުވުމަކީ މުއިއްޒު ސަރުކާރު ކޮޅުމުގުލަށް އެރުމެވެ. 

    އެކަމަކު ނާޒިމް ހަނދާން ކުރަންޖެހެނީ ތިމާގެ އަމަލުގެ ނަތީޖާ ތިމާދެކެން ޖެހޭނެ ކަމެވެ. ނާޒިމް ރިޔާސަތުގައި އިނދެގެން ހުތުރު ގޮތަކަށް ކުރީގެ ޕީޖީ ޝަމިމު ގެއްލުވާލި ހުތުރުގޮތް ހަނދާން ކުރާށެވެ.

    ރީތި ގޮތުގައި އިސްތިއުފާ ދީފައި އޮއްވާ ސިޓީ ލިބުނުކަމަށް ނުހަދާ ފިޖީ ކަމުން ޝަމީމު ވަކިކޮށްފައި ނާޒިމަށް ވެސް މާގިނަ ދުވަހަކު ރިޔާސަތުގައި ނީދެވުނު ނޫންހެއްޔެވެ. 

    ]]>
    Sun, 31 May 2026 12:43:51 +0500 މުއާޒު
    އާޒިމާއަށް އީދު އުފާ ލިބޭނީ ކުޅުދުއްފުށި ޖަލަށްލައިގެން؟! https://heerasnews.com/4231 https://heerasnews.com/4231 އިސްލާމީ އީދުގެ އުފާވެރިކަން ގެއްލެނީ މަށިމާލި ފެރެޑަކުން ނޫނެވެ. އިސްލާމީ އީދުގެ އުފާވެރިކަން ގެއްލެނީ ކުރާ ފާހިޝް ކަންކަމާއި މުންކަރާތްތަކާއި ހަރާމް ކަންކަމުގެ ދިފާއުގައި ދީން އައްޑަނައަކަށް ހަދާ ވެރިންގެ ސަބަބުންނެވެ. 

    ދީނާއި ގާނޫނުގެ ނިވަލުގައި ތިބެގެން ވެރިންކުރާ ކަންކަން ތަމްސީލު ކުރިމާ އެކަން ގޯސްވާ ފަދައިން ޝާހީ ވަކީލަށް ވެރިން ހިންގާ ޖަރީމާތައް ގޯސްވެގެން އުޅެތީއެއް ނުފެނެއެވެ.. 

    ނޭއްގާނި ވެރިއެއްގެ ނުބައިނުލަފާކަން ހުއްޓުވަން އިސްލާމް ދީން ބާރު އަޅާކަން ޝާހީ ވަކީލަށާއި ބަނޑު ހަނޑޫ ލިބޭ އިލްމު ވެރިންނަށް ނޭނގެނީތާއެވެ. ނޫނީ އެނގޭކަމަށް ނުހަދަނީ ހެއްޔެވެ. 

    ވެރިން ފާހިޝް އަމަލުތަކާއި ހަރާމް ކަންކަމަށް އަރައިގަންނަ އަރައިގަތުން ހުއްޓުވަން އާރާބާރު ނެތް ރައްޔިތުންނަށް ކުރެވެން އޮތް އެންމެ ރަނގަޅު ކަމަކީ މަށިމާލި ފަދަ ތަމްސީލީ ހަރަކާތް ހިންގައިގެން މުޑުދާރު ވެރިޔާ  ލަދު ގަންނަވާލުމެވެ. އެއްޗެއް ވިސްނޭވަރުކޮށްލުމެވެ. 

    އީދު އުފާކުރުމުގައި އޮންނަންޖެހޭ ދުރޫސުލް އަހުލާގުގެ ވާހަކަ އެއްގޮތަކަށް ވެސް އާޒިމާ ނުދައްކާށެވެ. އާއިލީ ބޮޑު ނައިބު ހެދިގެން ދޭހާ ގާނޫނީ ނުލަފައިން މުއިއްޒު ކަހަލަ ރުންކުރު ވެރިންނަށް އޮޅެނީ މަގެވެ. ޖަދަލު ކުރުމާއި ބަދަލު ހިފުން ނޫންކަމެއް އޭރަކުން ނުކުރެއެވެ.

    ޝާހީ ވަކީލަށް މިފަހަރުވެސް ކަމެއް ކުރެވުނު ކަމަށްވާނީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑާ ދެކޮޅަށް ގޯތި އައްބާސް ލައްވާ ދައުވާ ކުރުވިއްޔާއެވެ. ކުރަންވީ ހުކުން ވެސް ލިޔެފާ ފަނޑިޔާރަށް ދީގެން ކުޅުދުއްފުށި ޖަލަށްނުލާ އީދުއުފާ މިފަހަރު އާޒިމާއަށް ލިބޭނެއެކޭ ހިތަކަށް ނާރައެވެ. 

    ]]>
    Fri, 29 May 2026 10:13:03 +0500 މުއާޒު
    ރައީސް އޮފީހުގެ ވެބަސައިޓުން ސިޔާސީން ފުހެލުމަކީ އޮޅުވާލުމެއްގެ ފެށުން https://heerasnews.com/4230 https://heerasnews.com/4230 ފޮރުވާނެ އެއްޗެއް ނެތްކަމަށް ބުނެ ވައުދުވެގެން ވެރިކަން ހޯދި ޑރ. މުއިއްޒު ދޮގުވެރިކަމުގެ ބޮޑުކަމާއެވެ. ވެރިކަމަށް އައިސް ހާމަކުރަން ބުނި އެކައްޗެއް ވެސް ހާމަ ނުކުރިތާ ކުރިއްސުރެ ހާމަކުރަމުން އަންނަ ކަންކަންވެސް ކުރަނީ ސިއްރެވެ. 

    ކުރިއްސުރެ ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ވަޒީރުންގެ ނައިބުންނާއި އެފެންވަރުގެ ހުރިހާ މަގާމެއްގައި ތިބޭ ބައެއްގެ މައުލޫމާތު އުނި އިތުރެއްނެތި ރައީސް އޮފީގުގެ ވެބްސައީޓްގައި ޝާއުއުކުރެއެވެ. އޭގެ އިތުރަށް ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސް އުފައްދާ މަގާމުތަކާއި އެމަގާމުތަކަށް އައްޔަނުކުރާ އެކިފެންވަރުގެ ސިޔާސީވެރިންގެ މައުލޫމާތުވެސް ރައީސް އޮފީގެ ވެބްސައިޓްގައި ހާމަކޮށް ފެންނަން ހުރެއެވެ. 

    ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުއްސުރެ ސަރުކާރުގެ އައްޔަނީންގެ މައުލޫމާތުވަނީ އޮޅުވާލާފައެވެ. ސަރުކާރުގެ ހުރިހާ ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ އެތައް ބައެއްގެ މައުލޫމާތު ފުރަތަމަ ދުވަހުއްސުރެ މުއިއްޒު ވަނީ ސިއްރުކޮށްފައެވެ. ވަޒީރުންގެ ނައިބުންނާއި އެފެންވަރުގެ އެތައް ބައެއްގެ މައުލޫމާތުވެސް ރައީސް އޮފީހުގެ ވެބްސައީޓްގައި ފެންނާކަށް ނުހުރެއެވެ. އަމްދުން މަދުންނޫނީ އެސްޕީޑީންނާއި ÷ިޑީންނާއި އެނޫންވެސް ސިޔާސީގޮތުން މުސާރަދޭ ގިނަ މީހުންގެ މައުލޫމާތު މިހާތަނަށްވެސް މުއިއްޒު އައީ ސިއްރުކުރަމުންނެވެ. 

    115 ވަނަ މާއްދާގެ ދަށުން މަގާމު ދީގެން މުސާރަދެނީ ކޮންބައަކަށްކަން ބުނެނުދޭތާ ސިޔާސީ ބޭނުމުގައި ވަޒީފާދީފާ ތިބޭ މީހުންގެ ސައްހަ އަދަދު ވޭސް މުއިއްޒުވަނީ ސިއްރުކޮށްފައެވެ. ސަރުކާރުގެ މަތިބަރުވެ ސިޔާސީ އައްޔަނީންގެ އަދަދު ތިންހަތަރު ހާހަށް އަރައިގެން ދިޔައިރު އެއިގެ މައުލޫމާތު ހޯދަން އެކިގޮތްގޮތުން މީހުން ކުރިހާ މަސައްކަތްވެސްވީ ބޭކާރެވެ. 

    އެންމެފަހުން އޮތް ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރާ ދެކޮޅަށް ރައްޔިތުން ބަސްބުނުމުން ސިޔާސީ ބޭނުމުގައި ހަމައެއް ލަމައެއްނެތި ސަރުކާރުން ވަޒީފާ ބެހިކަމަށް މުއިއްޒު ވަނީ އެއްބަސްވެފައެވެ. ވަޒީފާގައި ތިބި މީހުންގެ ޕާފޯމަންސް ބެލުމަށްފަހު ބޭކާރު މީހުން ވަޒީފާއިންވަކިކުރާނެކަމަށް މުއިއްޒުވަނީ ބުނެފައެވެ. މެރިޓަށް ބިނާކޮށް ނޫނީ ދެން އެއްވެސް މީހަކަށް ވަޒީފާ ނުދޭނެކަމަށް ވެސް ބުންޏެވެ. 

    މުއިއްޒުގެ ސިޔާސީ ތާއީދު ބޮޑުކުރަން ވަޒީފާ ދީފައި ތިބި ގިނަ ބަޔަކު ކަނޑާއުކާލުމަކީ މުއިއްޒު ކުރާނެ ކަމެއް ނޫނެވެ. ކުރެވޭނެ ކަމެއްވެސް ނޫނެވެ. އެހެން ކަމުން އަނެއްކާވެސް ރައްޔިތުންނަށް އޮޅުވާލުން ނޫން ކަމެއް މުއިއްޒަކަށް ނުކުރެވޭނެއެވެ. ރައީސް އޮފީހުގެ ވެބްސައިޓްގައި ވަޒީރުންނޫން ބައެއްގެ މައުލޫމާތު ނުބެހެއްޓުމަކީ މީހަކު ވަޒީފާގައި ހުއްޓެއް ނެތެއް އާއްމުކޮށް އެގުނަ ނުދިނުމައްޓަކާ ކުރިކަމެކެވެ. ސަރުކާރުގެ ސިޔާސީ މުސާރަވެރިންނަކީ ކޮންބައެއްކަން ފެންނާނެ ގޮތެއް އޭރަކުން ނުއޮންނާނެއެވެ. އެއްވެސް ވުޒާރާއެއްގެ ރަސްމީ ވެބްސައިޓަކުން ވެސް އެތަނަކާ ގުޅުންހުރި ސިޔާސީވެރިންގެ މައުލޫމާތެއް ފެންނާކަށް ނުބަހައްޓާނެއެވެ. 

    އާހިރުގައި މުއިއްޒު ގަޔާނުވާ މަދުމީހަކު ނޫނީ ސަރުކާރުން ކަނޑައެއް ނުލާނެއެވެ. ދައުލަތުގެ ފައިސާއިން މުއިއްޒުގެ އައުވާނުނަށްކުރާ އިސްރާފު ފުކެއްވެސް މަދެއް ނުކުރާނެއެވެ. ޕާފޯމެންސްއޭ މެރިޓޭ ކިޔައިގެން ދެއްކި ވާހަކައަކީ ރައްޔިތުންނަށް އޮޅުވާލާ އޮޅުވާލުމެކެވެ. ސިޔާސީ ވެރިންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި ނުހިމަނާން ނިންމި ނިންމުމަކީ ބޮޑު އޮޅުވާލުމެއްގެ ފެށުމެވެ. 

    ]]>
    Thu, 28 May 2026 15:30:04 +0500 މުއާޒު
    އީދުކުޅިވަރުގައި ނެރޭ އެލްސޯފާއަކުން އީދުއުފާ ދީނުން ބޭރެއްނުވާނެ https://heerasnews.com/4227 https://heerasnews.com/4227 އިސްލާމީ ރިވެތި އަހުލާގު ހިފަހައްޓަންވީ އީދުކުޅިވަރު ކުޅުމުގައި އެކަންޏެއް ނޫނެވެ. ހެޔޮފޯރުވާ ކަމޭހިތާ އިހުސާންތެރިވާންވީ އާއްމު ރައްޔިތު މީހާ އެކަންޏެއް ވެސް ނޫނެވެ. ވަކި ވާހަކައެއް ދައްކާ ކޫލިވަރުގެ ގޮތުގައި ވަކިކަމެއް ތަމްސީލް ކޮށްފާނެތީ ދީން ހަތިޔާރަކަށް ހަދައިގެން ވެރިންގެ ނުބައިނުލަފާ އަމަލުތައް ފޮރުވަން ކޮންމެހެން އުޅޭނެ ކަމެއްނެތެވެ.

    ބާރު އޮތީތީ ބަދަލު ހިފުމާއި އަބުރުގެ ނަމުގައި މީހުންގެ ދުލާ ގަލަން ބަންދުކުރުމަކީ އިސްލާމީ ދީން އައްޑަނައަކަށް ހަދައިގެން އުޅޭ ވެރިންގެ ސިފައެކެވެ. ވެރިން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވަމުން އިސްރާފުކުރުމަކީ ވެރިންނަށް އިސްލާމް ދީން ހުއްދަކުރާ ކަމެއްް ނޫނެވެ. ގަންދީ ހުވާކޮށްގެން ތިބެ ރައްޔިތުންގެ ހައްގުތަކަށް އަރައި ގަތުމަކަށް އިސްލާމް ދީނަކު ނޯވެއެވެ. ސިއްރުންވިޔަސް ފާޅުގައިވިޔަސް ބަދުއަހުލާގީ އަމާލާއި ކައިވެނީގެ ބޭރުން ޖިންސީ އެދުންވެރިކަން ފުއްދުމަކަށް ވެރިންނަކަށްވެސް ހުއްދައެއް ނޫނެވެ.

    ދެޖިންސް މަސްހުނިވެގެން އެލްސޯފާއާއި ރިޔާސީ މޭޒުކޮޅުމަތީގައި ސެކްސްކުރުމަކަށް ވެރިމީހާވިޔަސް ހުއްދައެއް ނޫނެވެ. އީދު އުފާ ފާޅުކުރުމުގައި ހާމަކޮށް އާއްމުތަންތާ ދެޖިންސު މަސްހުނިވެގެން އީދުކުޅިވަރު ކުޅުމަށްވުރެ ވެރިން ކަލްގިއުލަރހެދުން އިސްލާމްދީނާ މާދުރެވެ. 

    ތެދެއް ހެދެން އޮޮތަސް ދޮގެއް ނޫނީ ނުހަދާ މީހަކު ވެރިކަމުގައި ހުއްޓަސް އޭނާގެ ހައްގުގައި އިސްލާމު ދީނުގައި ދޮގު ދޮގަށް ނުވެއެއް ނުދެއެވެ. އާއްމުކޮށް ދޮގު ހަދާ މީހަކު ކުރާ ފާހިޝް ކަންކަން ކިތަންކެ ވަރަކަށް ދޮގުކުރިޔަސް އެކަން މީހުން ގަބޫލެއް ނުކުރާނެއެވެ. އެވާހަކަ މީހުން ދައްކާނެއެވެ. އަބުރުގެ ދައު އަަޅައިގެން އެވާހަކަ ދައްކާ ސުވާލުކޮށް ހަދާ މީހުން ހިފާ ހައްޔަރުކޮށް ދުލާއަތް ބުރިކޮށް ދުއްރައިން ތެޅިޔަސް ކުރިކަމެއް ނުކުރާ ކަމަކަށް ނުވާނެއެވެ. 

    އަބުރު ރައްކާތެރިކުރެވޭނީ އަބުރު ގެއްލޭކަންކަމުން ދުރުހެލިވެގެންނެވެ. އަބުރުގެ ދައު އަޅައިގެން މީހުން ހިފާ ހައްޔަރުކުރިޔަސް އަބުރު ރައްކާތެރިއެއް ނުކުރެވޭނެއެވެ. ފާސިގުންގެ ވާހަކަ ގަބޫލުނުކުރުމަށް އޮންނަ އޮތުމަކީ ހަބަރައިގެން އަންނަ މީހާއަށް އެކަނި ރައްދުވާ ކަމެއްްނޫނެވެ. ހުއްޓާނުލާ ދޮގުހަދާ ވެރިޔާވެސް އެ ހުކުމުގައި ޝާމިލުވެއެވެ.

    މުންކަރާތްތަކާއި ފާފަތަކަށް އަރައިގަންނަ ވެރިންގެ އަމަލުތައް ހުއްޓުވުމުގެ ބާރު ނެތް އާއްމު ރައްޔިތުން އެކަންކަން މަނާ ކުރުވާނީ ބަހުންނެވެ. އީދުކުޅިވަރުގެ ގޮތުގައި ކުޅޭ ތަމްސީލްތަކުންނެވެ. އެފަދަ ނުރައްކާތެރި ވެރިންގެ ކިބައިން ސަލާމަތްވުމަށް ހިއްވަރު ހޯދާނީ މާލި ޕެރޭޑްތަކުންނެވެ. އީދުކުޅިވަރުގައި މަގަށް ނެރޭ އެލް ސޯފާއަކުން އީދުއުފާ ދީނުން ބޭރެއް ނުވާނެއެވެ.  

    ]]>
    Wed, 27 May 2026 11:08:28 +0500 މުއާޒު
    ފަލާހަށް: މުއިއްޒު ދެކެ ވާ ލޯބިން ޕީއެންސީ މީހުން ވެސް ބޭނުމީ ވެރިކަން ނިންމަން! https://heerasnews.com/4223 https://heerasnews.com/4223 އެތައް ހާސް ބައެއްގެ މައްޗަށް އެކުލެވޭ ޕީއެންސީއަކީ ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރ ސިފަކޮށްފިއެވެ. ޕީއެންސީގެ ކަންކަން ހިނގާނީ މުއިއްޒު ބޭނުންވާ ގޮތަށް ކަމަށް ފަލާހު ބުނުމުން ޕީއެންސީއަކީ މުއިއްޒު ނޫން އެހެން އެއްވެސް މީހެއްގެ ބަސްވިކޭ ޕާޓިއެއް ނޫންކަން ކަށަވަރުވެއެވެ. 

    ފަލާހުގެ ވާހަކައިން ޔަގީންވީ ކަމަކީ ޕީއެންސީގައި އާއްމު މެންބަރުންނާއި އެ ޕާޓީގެ ގުނަންތަކުގެ އެއްވެސް ބާރެއް ނެތްކަމެވެ. ތަފާތު ހިޔާލާއި މަޝްވަރާއަށް ޕީއެންސީގައި އެއްވެސް ފުރުސަތެއް ނެތްކަމަށް ސާފު ބަހުން ފަލާހު އެ ބުނީއެވެ. ވަރުވަރުން މީހުން ތިއްބަސް އެކަކަށް އެއްކަމެއްވެސް މުއިއްޒާ ހިލާފަށް ނުކުރެވޭ ކަމަށް ބުނެވޭނީ އެހާކަށް ވަރަށެވެ. 

    ރައްޔިތުން އިންތިހާބުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ތިބި މެންބަރުންގެ ފުށުންވެސް ފެންނަނީ އެކަމެވެ. މުއިއްޒު ބޭނުންވުމުން މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ވަރަށް ބާރު ދޫކޮށްލައިގެން އެ ތިބެނީވެސް މުއިއްޒު ބޭނުންނުވާ ގޮތެއް ހެދޭވަރުގެ ހަކަތަ ނެތިގެންނެވެ. މުއިއްޒު ދެކެވާ ލޯބިން ސިޔާސީ ކަންކަމާއި ގައުމުގެ ކަންކަމުގައި މުއިއްޒު ބޭނުންހާ ގޮތެއް ހަދަން ދޫކޮށްލުމަކީ ހިޔާނާތެކެވެ.

    މުއިއްޒު އެޅިހާބަތަކަށް ރިހަވެގެން އުޅެން ޕީއެންސީއަކީ މުއިއްޒުގެ ލޯބީގެ ދާސްތާނެއް ނޫނެވެ. ޕީއެންސީއަކީ ވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ އެތައް ރައްޔިތުންނެއް ތަމްސީލުކުރާ ސިޔާސީ ޕާޓީއެކެވެ. މުއިއްޒު ޖީބުން ހަރަދުކޮށްގެން ހިންގާ ކުއްޔަށް ކޮޓަރިދޭ ގެއެއް ނޫނެވެ. މުއިއްޒު ދެކެ ލޯބިން މުއިއްޒު ބޭނުންހާ ގޮތަކަށް ކޮށްދޭނީ މުއިއްޒުގެ އަމިއްލަ ކަންކަމެވެ. ސިޔާސީ ޕާޓީތަކާއި ގައުމީ ކަންކަމަކީ ލޯބީގެ ކަމެއް ނޫނެވެ. ފަލާހުމެން ވާ ލޯބިން ކުރާނެހާ ކަމެއްކުރަން ދޫކޮށްލުމުން ރައީސް އޮފީހުގެ ސޮފާތަކާއި މޭޒުތަކަށް ދަންދެން މުއިއްޒުގެ ލޯބީގެ މަސަންދުތަކަށް ބަދަލު ވަނީއެވެ. 

    ޕީއެންސީގެ އާއްމުމެންބަރުންނާއި ޕާޓީގެ ގުނަންތަކުގައި ތިބިހާ މީހުންނަކީ ބުއްދިއެއް ހިކުމަތެއް ހުރި ބަޔަކަށް މުއިއްޒަކަށް ނުވެއެވެ. އެންމެ މޮޅަށް އެންމެ ރަނގަޅަށް ހުރިހާ ކަމެއްވެސް އެnގޭ މީހަކީ މުއިއްޒު ކަމަށް ދެކިގެން މުއިއްޒު އުޅުނެއް ކަމަކު އެންމެނަކު އެކަމެއް ގަބޫލެއް ނުކުރެއެވެ. ހެދިހާ އެއްޗެއް ހެދިގެން މީހުން ތިބީކީ ކުރާހާ ކަމެއް ރަގަޅުުވެގެން ރުހިގެން ލޯތްބަކުން ނޫނެވެ.

    ދައުލަތް ހިންގުމުގައި މުއިއްޒަށް ފެންނަހާ ގޮތަކަށް ކަންކަން ކުރުމަކަށް ޕީއެންސީގެ ގިނަ މީހުންވެސް ގަބޫލެއް ނޫނެވެ. އެންމެ ފަހުން އޮތް ފެންނަ ނުފެންނަ ވޯޓުން މުއިއްޒު ބޭނުންވާހާ ގޮތަކަށް ގައުމުގެ ކަންކަން ދާން ބޭނުން ނުވާ އެތައް ހާސް ޕީއެންސީ މެންބަރުން ތިބިކަން ވަރަށް ސާފެވެ. 

    ފަލާހެވެ. މުއިއްޒު ދެކެވާ ލޯތްބަކުން ޕީއެންސީގެ ގިނަ މެންބަރުން ވެސް މިހާރު ތިބީ ގާނޫނީ އިމުގެތެރެއިން މުއިއްޒުގެ ވެރިކަން ނިންމާލާނެ ދަނޑިވަޅަކަށް ބަލަބަލައެެވެ. ބަސް ހުއްޓި އަނގަ ބަންދުކޮށްގެން އެ ތިބެނީ ލޯތްބަކުން ނޫނެވެ، ދަނޑިވަޅެއް ނުލިބިގެންނެވެ.

    ]]>
    Mon, 25 May 2026 12:37:29 +0500 މުއާޒު
    އެމްޑީޕީއަށް 2023 ގެއްލުމާ ސޯލިހުގެ މަގުބޫލުކަމާ ގުޅުމެއްނެތް https://heerasnews.com/4216 https://heerasnews.com/4216 އެމްޑީޕީއަށް 2023 ގެއްލުނީ ރިޔާސީ ކެންޑިޑޭޓްގެ މަގުބޫލުކަން ކުޑަވެގެންތޯ ނުވަތަ ނޫންތޯ ބަލާލުމަކީ ނެތް ކަމެއް ނޫނެވެ. ފެންނަން އޮތް ހަގީގަތްތަކަށް ނަޒަރު ހިންގާލުމުން އެމްޑީޕީއަށް 2023 ގެއްލުނީ ރިޔާސީ ކެންޑިޑޭޓްގެ މަގުބޫލުކަން ކުޑަވުމަކުން ނޫނެވެ. 

    ގައުމުގެ ކަންކަން އިސްލާހުކޮށް ނަތީޖާ ހާސިލުކުރެވޭ ވަރަށް ވެރިކަމާއި މަޖިލީހުގެ ސްޕަރ މެޖޯރިޓީ ދިނުމުން އެދޭ ބަދަލު ގައުމަށް ގެނެސް ނުދެވުމަކީ 2023 ގެއްލުނު މައިގަނޑު ސަބަބެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ރައްޔިތުން އެދުނު ހެޔޮ ބަދަލު ގެނެސް ނުދެވުނު އެކިވަރުގެ އެތައް ސަބަބެއް ހުއްޓެވެ. 

    ވެރިކަން ލިބި މަޖިލީހުގެ މެޖޯރިޓީ ލިބުމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޕާޓިގެ ރައީސް ބޭނުންވެ އެހެން ހުރިހާ ކަމަަކަށް ވުރެ ނިޒާމް ބަދަލުކުރަން އުޅުމުން ޕާޓީގެ އެތެރޭގައި އުފެދުނު ނުތަނަވަސްކަމާއި ދެބަސްވުމަކީ މުޅި މައްސަލައިގެ ނާރެހެވެ. ނިޒާމު ބަދަލުކުރުމުގެ މައްސަލައިގައި ގައުމުގެ ރައީސާއި ޕާޓީގެ ރައީސާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުން ވެގެން ދިޔައީ 2023 އެމްޑީޕީއަށް ގެއްލުމުގެ ފެށުމަށެވެ. 

    ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި އެމްޑީޕީގެ ރައީސް ނަޝީދު އިންނަވައިގެން އެޖެންޑާ19 ތަންފީޒު ކުރުމުގައި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުން އެޖެންޑާ ނުކޮށް ދަންމާލެއްވީއެވެ. ކޮވިޑްގެ ހާލަތުގައި މުޅި ދުނިޔެ ބަންދުވެ ފަތުރުވެރިން އައުން ހުއްޓި މާލީ މުސީބާތަކަށް ގައުމު ވެއްޓުނު ވަގުތުގައިވެސް ސަރުކާރާއި އެއްބާރުލުން ދެއްވުމުގެ ބަދަލުގައި އެމްޑީޕީގެ ރައީސް ހިޔާރުކުރެއްވީ ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދެވުމެވެ.

    ރައީސް ސޯލިހުގެ މަގުބޫލުކަން ގެއްލުވާލަން ރައީސް ނަޝީދު ބޭނުންކުރެއްވި ހަތިޔާރަކީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތެވެ. ނަތީޖާއަކަށް ވެގެން ދިޔައީ އިދިކޮޅާ ގުޅިގެން އިދިކޮޅަށްވުރެ އިދިކޮޅަށް ރައީސް ނަޝީދުގެ އަމަލުތައް ބެހެއްޓެވުމެވެ. އޭރު ރައްޔިތުންގެ މަޖިލިސްގެ ތަޅުމެކޭ އިދިކޮޅު ޕާޓީގެ ހަރުގެއެކޭ ތަފާތެއް ނެތެވެ. 

    މިކަހަލަ އެތައްް ސަބަބުތަކަކާހުރެ ފާޅުކަން ބޮޑުކޮށް ފެންނަން އޮތް ހަގީގަތަކީ 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ އެތެރޭގެ ކޯޅުން ބޮޑުވެ މުއިއްޒުގެ ދޮގުތައް އެމްޑީޕީގެ ތެރެއިން ބަޔަކު ނިކުމެ ވިއްކަދީގެންނެވެ. ރައިސް ސޯލިހުގެ މަގުބޫލުކަން ނެތް ނަމަ އެމްޑީޕީގެ ތެރެއިން އިސްބަޔަކު ނިކުމެ ދިމާދެކޮޅަށް ކުޅުމުންވެސް ރިޔާސީ އިންތިހާބުގައި 10900 ވޯޓް ވޯޓެއް ނުލިބުނީހެވެ. 

    ]]>
    Sun, 24 May 2026 06:28:52 +0500 މުއާޒު
    ރޫލް އޮފް ލޯގެ ވާހަކަ ދައްކަމުން މުއިއްޒު ތައްޔާރުވަނީ 3 ރައީސުން ހައްޔަރުކުރަން https://heerasnews.com/4215 https://heerasnews.com/4215 ސިޔާސީ ހަމަޖެހުން ރާއްޖެއަށް ގެނެސްދެވިއްޖެކަމަށް ވިދާޅުވެއްޖެ ކަމަށް ވިދާޅުވަމުން ރައީސް މުއިއްޒު ދެއްވީ ނުރައްކާތެރި އިންޒާރެކެވެ. މީގެ ކުރިން ސިޔާސީ ގޮތުން ރައީސުން ހައްޔަރުކުރެވުނު ކަމަށާއި މުއިއްޒު އެކަން އަދި ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެގޮތުގައި ދެމިހުންނަވާނެކަމަށް ވިދާޅުވަމުން ދެއްވާ މެސެޖު ވަރަށް ތަފާތެވެ. 

    މާބާރަކަށް ރޫލް އޮފް ލޯގެ ވާހަކަ ދައްކަވަނީ ހިތް ނިޔަތް ނުބައި ކަމުންނެވެ. ގާނޫނީ ހަމަ އަޅުވައިގެން އަނިޔާވެރިވުމަކީ ބަޔަކު ނުދަންނަ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއާއި މުށުތެރެއަށްލައިގެން ހުރެ ވެރިކަން ކުރާ މީހަކަށް ގާނޫނީ ގޮޅިގޮޅިއަށް މީހުން ފައްތާކަށް މާއުނދަގުލެއް ނުވާނެއެވެ. 

    ގާނޫނ އަސާސީން ލިބިދޭ އަސާސީ ހައްގެއް ޕަރެކްޓިސް ކުރުމުންވެސް ގާނޫނީ ގޮޅިގޮޅިއަށް މީހުން ފައްތާލުމަކީ މާ އުދަގޫ ކަމަކަށް ނުވާނެއެވެ. އޭގެ އެންމެ ދިރިހުރި މިސާލަކީ އެލްސޯފާ މައްސަލައެވެ. ހައްދެއްނެތް ކޯޓު އަމުރެއް ނެރުވާ އޭގެދަށުން ބޭނުންވާ ބަޔަކު ހިފާ ހައްޔަރު ކުރުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. ސުވާލެއް ކުރި ނޫސްވެރިޔާއާއި ކޯޓް އަމުރު ނެރުނު ހަބަރު ލިޔުނު ނޫސްވެރިޔާ އިންސާފުވެރި ޝަރީއަތެއް ލިބިނުދީ ޖަލަށް ލުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. ދެ ނޫސްވެރިންނަށް އަނިޔާދިން ކޯޓު އަމުރާ ހިލާފްވީ އެކެއްް ދެމީހެއް ނޫނެވެ. ހުދު ރައީސް މުއިއްޒާއި ވެރިކަން ހިންގާ ޕާޓީގެ ޕީޖީ ލީޑަރ މާ ބޮޑަށްވެސް އެ އަމުރާ ވަނީ ހިލާފު ވެފައެވެ. އެކަމަކު ރޫލް އޮފް ލޯ އެމީހުންގެ މައްޗަކަށް ނުހިނގައެވެ. 

    ކުރިން ހުއްދަ ނެގުމަކާނުލާ އެއްވެއުޅުމަކީ ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އަސާސީ ހައްގެކެވެ. ފުޅާ ދާއިރާއެއްގައި އެހައްގު ގާނޫނު އަސާސީން ކަށަވަރުކޮށް ދިން އިރު އެއްވުންތަކުގެ ސަބަބުން އާއްމު ބައެއް ހާލަތްތަކަށް ބުރޫ އަރާ ހުއްޓު އަތުވެދާނެކަން ނޭގި ކަށަވަރު ކޮށްދިން ހައްގަކަށް ކުރިން ހުއްދަ ނެގުމަކާނުލާ އެއްވެ އުޅުން ނުވެއެވެ. ހިނގާ ބިނގާވެ އުޅުމާއި އެއްޗެތި ދުއްވުމަށް ދަތިވުން ބަހަނާއަކަށް ހަދައިގެން އަނިޔާވެރިކަމާއެކު އެއްވުންތައް ރޫޅާލުމަށް ފުލުހުން ފޮނުވާ ފުލުހުންގެ ވާޖިބަށް ހުރަސް އަލާކަމަށް ހަދައިގެން އެއްވުންތަކުން ވަކިވަކި މީހުން ހައްޔަރުކޮށް ޝަރީއަތް ހިންގުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. 

    ސަރުކާރު ތެރޭގައި ހިންގާ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދައްކާތީއާއި ދޮން އަމާ ރިޕޯޓާއި އައިޝާ ޑޮކިއުމެންޓްރީގެ ޖަޒްބާތުގައި އަދަދު ނޫސް ހުއްޓުވާލަން އުޅުމަކީ ރޫލުއޮފް ލޯއެއް ނޫނެވެ. ބެލަކަނި ރިޕޯޓާއި އެލްސޯފާ މުޒާހަރާ ލައިވްކުރާތީ ޗެނަލް 13 އަށް ފިޔަވަޅު އެޅުމަކީ ރޫލް އޮފް ލޯއެއްް ނޫނެވެ. 

    ޕާޓީގެ މެންބަރޝިޕް ލައްކައަކަށް އަރުވަން ދައުލަތުގެ ޑާދާޓާބޭސް ކޮޅާލައިގެން މީހުންގެ ޒާތީ މައުލޫމާތު ވަގަށް ނެގި ޕީއެންސީއާއި އެކަމުގައި އުޅުނު ވެރިންނަށް ޝަރީއަތް ނުހިންގާ ދައުލަތުގެ ބަޖެޓުން އެމެ ގިފައިސާ ދޭ ޕާޓީއަކަށް ޕީއެންސީ ހަދައިގެން އުޅުމަކީ ރޫލް އޮފް ލޯއެއް ނޫނެވެ. ވާދަވެރި ސިޔާސީ ޕާޓީތައް އެކި ބަހަނާ ދައްކައިގެން ލައްކަލައްކައިން ޖުރުމަނާ ކުރުމަކީ ރޫލުއޮފް ލޯއެއް ނޫނެވެ. 

    ރޫލް އޮފް ލޯ ބޭނުން ކޮށްގެން މުއިއްޒު ދެން އެންމެ އަވަހަށް ކުރާނެ އެއްކަމަކީ ގާނޫނީ ސަރުކާރު ވައްތާލަން މަޖިލިސް މެންބަރުންނަށް ރިޝްވަތުދޭން އުޅުންފަދަ ކަމަކަށް ތުހުމަތުކޮށް ކުރީގެ 3 ރައީސުން ޖަލަށްލުމެވެ. އޭރުންވެސް އަނގަފުޅާކޮށްފައި ބުނާނީ ގާނޫނު ހިންގުމަކީ ލާޒިމުކަމެއް ކަމަށެވެ.

    ]]>
    Sat, 23 May 2026 11:36:52 +0500 މުއާޒު
    ޔާމީނު ކައިރީގައި އުޅުނުހާ ވަގުން ތިބީ މުއިއްޒާއެކު ގަދަކޮށް https://heerasnews.com/4204 https://heerasnews.com/4204 ކުރީގެ ރައީސުންނަށް ނިސްބަތްކޮށް ބުރަކައްޓަށް ވަޅިޖަހާ ވާހަކަ ރައީސް މުއިއްޒު ދެއްކީމާ މީހުން ކުރަނީ މަލާމާތެވެ. ކުރީގެ ރައީސުންނަކީ ފޭލިވެފައި ތިބި ބައެކޭ މުއިއްޒު ބުނީމާ އަންނަނީ ހިންޏެވެ. އަމްދުން ރައީސް ޔާމީނަށް ނިސްބަތްކޮށް އަނިޔާއާއި ފަސާދައާއި ކޮރަޕްޝަންގެ ވާހަކަ މުއިއްޒު ދެއްކުމަކީ ގަރުނުގެ ބޮޑު ޖޯކެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. 2013 ނޮވެންބަރު 17 އިން ފެށިގެން ރައީސް ޔާމީނު ކުރެއްވި 5 އަހަރުގެ ވެރިކަން ފެށުނީއްސުރެ ނިމެންދެން ޑރ. މުއިއްޒަކީ ޔާމީނު ސަރުކާރުގެ ކެބިނެޓް މިނިސްޓަރެކެވެ. ރައީސް ޔާމީނަށް ނިސްބަތްކުރާ ކޮންމެ ނުބައެއްގެ ފުރިހަމަ އެއް ބައިވެރިއަކަށް މުއިއްޒު ނުވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

    ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި ކުދި ބޮޑު ހުރިހާ ޕްރޮޖެކްޓެއްގައި ހިމެނޭ ހިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިގެ ޒިންމާ ރައީސް ޔާމީނަށްވުރެ ބޮޑަށް އުފުލަންޖެހޭ މީހަކީ ޑރ. މުއިއްޒެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ދުވަސްވަރު ތުހުމަތު ކުރެވުނު ބޮޑެތި ވައްކަންތަކާއި ހިޔާނާތާއި އަނިޔާގެ ވާހަކަ ރައްޔިތުންގެ ތެރޭގައި ދައްކަމުން ދިޔައިރު މުއިއްޒު ހުރީ ރައީސް ޔާމީނުގެ ކެބިނެޓްގައެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ މުޅި ދައުރުގައި ކެބިނެޓް ވަޒީރަކަށް ހުރި މުއިއްޒު ޔާމީނު ސަރުކާރޭ ކިޔައިގެން މިހާރު އަނގަ ހުޅުވަން ލަދު ނުގަންނަ ކަމެވެ. 

    ރައީސް ޔާމީނަށް ނިސްބަތްކޮށް މުއިއްޒު މިހާރު ދައްކާ މުޑުދާރު ވާހަކަ ގަބޫލު ކުރެވުނީހީ ޔާމީނު ވެރިކަން ކުރާލެއް ގޯސްވެގެން ކެބިނެޓުން އިސްތިއުފާދީފާ އެސަރުކާރުން ނިކުމެ ހުރި ނަމަތާއެވެ. ވެރިކަން ލިބެންދެން ޔާމީނު ވަރެއްނެތިގެން އުޅެފައި ނެތް މީހެއް ނަމަތާއެވެ. މުއިއްޒު ދައްކާ ވާހަކައަށް އަތްޖަހާ މީހުންނަށް ވެސް މުއިއްޒުގެ ހުރި ނުބައި ނުލަފާކަމާއި މުނާފިގުކަމާއި ކާންދޭ އަތުގައި ދަތްއަޅާކަން ރަނގަޅަށް އެނގޭނެއެވެ. 

    ކަޅުއޮށު ބަޑުދަށުން ކޮރަކަލި ބޮޑުވާ އުސޫލުން ވެރިކަން ލިބެންދެން ޔާމީނުގެ ބަނޑުވާ ހެދިގެން އުޅެފައި ޔާމީނު ސަރުކާރުގެ ހިޔާނާތާ ފަސާދައާއި އަނިޔާގެ ވާހަކަ މުއިއްޒު ދެއްކާއިރު ދެލޯ ހުޅުވައިގެން ރަނގަޅަށް ބެލީމާ ފެންނަ މަންޒަރު ތަފާތެވެ. ޔާމީނު ސަރުކާރުގެ މަތިފަޑީގައި ކޮރަޕްޝަނާއި ފަސާށަދަ ހިންގަން އުޅުނު އެންމެންހެން ތިބީ މުއިއްޒާއެކުގައެވެ. އޭރު ދަނޑިމަތި އެނބުރި އަދީބެއް ސައީދެއް ފަޒުލެއް ޝުޖާއެއް ކިޔާނެ ކަމެއް ނެތްތާއެވެ. ޔާމީނު ސަރުކާރުގައި ތިބިހާ ވަގުން އޭރުވެސް މިހާރުވެސް ތިބީ މުއިއްޒާއެކު ގަދަކޮށެވެ.  

    ]]>
    Wed, 20 May 2026 10:56:29 +0500 މުއާޒު
    ރާއްޖެ ބަދަލުވަމުން މިދަނީ ދެވަނަ ޔޫގެންޑާއަށް https://heerasnews.com/4203 https://heerasnews.com/4203 ޔުގެންޑާގެ މަދަނީ ޖަމިއްޔާތަކާއި މީޑިއާތަކުން ވަނީ އެ ގައުމުގައި ހިނގަމުންދާ ނުރައްކާތެރި ކުށްތަކާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކަކީ އާދައިގެ ކަންތައްތަކެއްގެ ގޮތުގައި މުޖުތަމައު ބަލައިގަންނަން ފަށާފައިވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރިން އާންމުން ސިއްސުވައިލި ބޮޑެތި ޖަރީމާތަކަކީ މިހާރު ދުވަހުން ދުވަހަށް ހިނގާ އާދައިގެ ކަންކަމުގެ ގޮތުގައި ބެލެވެން ފަށާފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ. 2025 ވަނަ އަހަރުގެ ފުލުހުންގެ ރަސްމީ ތަފާސްހިސާބުތަކުން ކުށްކުރާ މިންވަރު %10.2 ދަށްވެފައިވާ ކަމަށް ދެއްކި ނަމަވެސް، އާންމުންގެ މެދުގައި އޮތް ބިރުވެރިކަމާއި ކުށްވެރިންނަށް އަދަބު ނުލިބޭނެ ކަމަށް އޮންނަ އިތުބާރު ކުޑަވުން އަދިވެސް އޮތީ ވަރަށް މަތީގައެވެ.

    ކުށްކުރުން އާދައިގެ ކަމަކަށް ވެފައިވާ މައިގަނޑު ދާއިރާތައް:

    އަނިޔާވެރި ކުށްތަކާއި އާންމުންގެ ފަރުވާކުޑަކަން:

    ދުވާލު ގަޑީގައި ހިނގާ ފޭރުމާއި (ހާއްސަކޮށް ސައިކަލުތަކުގައި އައިސް ހިންގާ ޖަރީމާތައް)، ކަތިވަޅިން ދޭ ހަމަލާތަކާއި، ކަރުގައި ހިފައި މަރާލުން ފަދަ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާ މިންވަރުން، މިފަދަ ހާދިސާތަކުގެ ވީޑިއޯތަކަކީ އާންމުން ކަންބޮޑުވާ ކަންކަމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި މަޖަލަކަށް ބޭނުންކުރާ ތަކެއްޗަށް ވަނީ ބަދަލުވެފައެވެ.

    ޝަރުޢީ އިމުން ބޭރުން ހިންގާ އަމަލުތައް:

    ސަލާމަތީ ބާރުތަކުން ހިންގާ ޝަރުއީ އިމުން ބޭރުން މީހުން މެރުމާއި، ވަގަށް ނެގުމާއި، އަދި އަނިޔާކުރުން ފަދަ އަމަލުތައް އާދައިގެ ކަންކަމުގެ ގޮތުގައި ބެލުން ހުއްޓާލުމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ވަކީލުންނާއި އެކްޓިވިސްޓުން ސަރުކާރަށް ދަނީ ގޮވާލަމުންނެވެ.

    ކޮރަޕްޝަން ނުވަތަ ފަސާދަ:

    ފަސާދައިގެ އަމަލުތައް ވަނީ މުޖުތަމައުގައި ވަރަށް ބޮޑަށް މޫލާފައެވެ. މިގޮތުން 2026 ވަނަ އަހަރުގެ މެއި މަހު ޕާލަމެންޓުގެ ރައީސާ އަނީތާ އަމަންގްގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި، އޭނާގެ އަގުބޮޑު މުދާތައް ދައުލަތަށް ހިފެހެއްޓި ހާދިސާ އަކީ ސަރުކާރުގެ އިސްވެރިން ނަހަމަ ގޮތުގައި މުއްސަނދިކަން ހޯދާ މިންވަރު ހާމަވެގެންދިޔަ ކަމެކެވެ.

    ޖިންސީ އަނިޔާއާއި ގޯނާ:

    ރިޕޯޓުތަކުން ދައްކާ ގޮތުގައި ޖިންސީ ގޯނާކުރުމާއި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކަކީ ބައެއް މުޖުތަމައުތަކުގައި އާދައިގެ ކަންކަމުގެ ގޮތުގައި ބެލެވެން ފަށާފައިވާ ކަންކަމެވެ. ބައެއް ހާލަތްތަކުގައި، ގާނޫނީ ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި ބެލެނިވެރިން ކުށްވެރިންނާ ގުޅިގެން މަސައްކަތްކުރާކަން ފާހަގަކުރެވެއެވެ.

    ސިޔާސީ އިދިކޮޅު ފަރާތްތަކަށް ހުރަސްއެޅުން:

    ސިޔާސީ އިދިކޮޅު ފަރާތްތަކާއި އެކި ގްރޫޕްތަކަށް އަމާޒުކޮށް ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަން ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ސިޔާސީ މަގުސަދެއް ހާސިލްކުރަން ކުށުގެ ގޮޅިތަކަށް މީހުން ފައްތާ ގާނޫނުގެ ދަށުން ހަރުކަށި އަދަބުތައް ދިނުން ހިމެނެއެވެ.

    ސަލާމަތީ އިރުޝާދުތައް:

    ބޭރު ގައުމުތަކުގެ ސަރުކާރުތަކުން ދަނީ ޔުގެންޑާގައި ކަންކަން ހުރި ގޮތުން އެ ގައުމަށް ދަތުރުކުރުމުގައި ނުހަނު ބޮޑަށް ސަމާލުވުމަށް އިރުޝާދު ދެމުންނެވެ.

    ދަތުރުފަތުރުގެ ނުރައްކާ:

    ކަމްޕާލާ އަދި އެންޓެބޭ ފަދަ ސިޓީތަކުގައި ހަތިޔާރާއެކު ފޭރުމާއި، ގެތަކަށް ވަދެ ވައްކަންކުރުމާއި، އަދި މީހުންނަށް ނޭނގި ބުއިންތަކަށް މަސްތުވާތަކެތި އެޅުން ފަދަ ކުށްތައް ހިންގާ މިންވަރު އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

    ރަސްމީ އިންޒާރުތައް:

    ކެނެޑާ އަދި އެމެރިކާ ފަދަ ގައުމުތަކުން މިހާރު ނެރެފައިވާ ދަތުރުފަތުރުގެ އިރުޝާދުތަކުގައި، ޔުގެންޑާގައި ހިނގަމުންދާ އަނިޔާވެރި ކުށްތަކުގެ ސަބަބުން އޮތް ނުރައްކާތެރިކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.

    ޔޫގެންޑާ މިހާލަތަށް ވެއްޓުނީ ރެއަކާ ދުވާލަކުން ނޫނެވެ. އަނިޔާވެރިކަމާއި ކުށާއި ފަސާދަ އާދައިގެ ކަންކަމަށް ބަދަލުވެ ކުށްވެރިން ވެރިންނަށް ބަދަލުވުމުން ނުވެނުދާނެ ގޮތް ވެގެން ދިޔައީއެވެ. ބައެއް ކަންކަން ޔޫގެންޑާ ފެންވަރުގައި ނުހިނގިއެއް ކަމަކު ދިވެހި ރާއްޖެވެސް މިދަނީ އެމަގަށް ފެތެމުންނެވެ. އަނިޔާވެރިކަމާއި ބޮޑެތި ހިޔާނަތްތަކާއިފަސާދަ ރާއްޖޭގައިވެސް ވަނީ އާދައިގެ ކަންކަމަށް ބަދަލުވެފައެވެ. 

                        

    ]]>
    Tue, 19 May 2026 23:59:00 +0500 މުއާޒު
    ސަންދޯކުގައި ދިދައަޅައިގެން ވަޅުލިޔަސް ހަގީގަތް ނުފޮރުވޭނެ. https://heerasnews.com/4200 https://heerasnews.com/4200 ސަންދޯކުގައި ގައުމީ ދިދަ އަޅައިގެން ސިފައިން ކޮރުލާ ކުރުނީސް ކުރަމުން ގެންގޮސް ވަޅުލާ  ފޮރުވާލުމަކުން ޒިންމާއަކުން ނުރެކެވޭނެއެވެ. ކޭވް ޑައިވިންގއަށް ދިޔަ މީހުން ހޯދަން ފޮނުވި ސިފައިންގެ މީހާގެ މަރަކީ ބޮޑެތި އިހުމާލުތަކެއް ހިމެނޭ ސީރިޔަސް މަރެކެވެ. 

    ނެތް ގާބިލުކަމެއް ހުރިކަން ދައްކަން ގައުމުގެ ހުނަރުވެރި ދަރިއެއްގެ ފުރާނަ ދިޔުމަކީ އާދައިގެ ކަމެއްނޫނެވެ. މަހުދީގެ މަރަކީ ރެސްކިއު މިޝަނެއްގައި ދިޔަ ފުރާނައެއް ނޫނެވެ. ރިކަވަރީ އޮޕަރޭޝަނެއްގައި ނެގުވި ރިސްކަކުން ސިފައިންގެ އޮފިސަރެއްގެ ފުރާނަ ދިޔުމަކީ ނުބަލާ ދޫކޮށްލައިގެން ވާކަށް އޮތްކަމެއް  ނޫނެވެ. 

    ކުރިން ވެސް ޑިކޮމްވުމުގެ ސަބަބުން ރިސްކް އޮތް އޮފިސަރަކު ކަމާބެހޭ ފުރިހަމަ އާލާތްނެތި އެހާ ފުނަށް ފޮނުވުމުގެ ޒިންމާ އުފުލާނީ ކާކުހެއްޔެވެ. ނެތް ގާބިލުކަމެއް ހުރިކަން ދައްކައިގެން މުއިއްޒު ކުޅުނު ޑްރާމާއެއްގައި ގުރުބާން ކުރެވުނު މީހަކަށް މަހުދީ ވީތޯ މީހުން އެބަ ސުވާލުކުރެއެވެ. 

    މުޅި ހާދިސާގެ ހުޅުވިފައިވާ ފުރިހަމަ ތަހުގީގެއް ހިންގާ އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވާ ފިޔަވަޅު އަޅަން ޖެހެއެވެ. ކޮންމެ ފަހަރަކު މައްސަލައިގެ އެންމެ ފުނަށް ނުގޮސް ގައުމީ ބަތޮލެއްގެ ނަންދީފާ އިހުމާލަށް ފަސްއަޅާ ފޮރުވާލަން ނޫޅޭށެވެ. 

    ޑައިވިންގ ދާއިރާގައި ތަޖުރިބާހުރި މީހުންގެ ބޮޑެތި ކަންބޮޑުވުންތައް މަހުދީގެ މަރާ ގުޅިފައިވެއެވެ. އެލްސޯފާގެ ވާހަކަ ހިންދާލަން ބޭނުންކުރާ ވާހަކައަކަށް މަހުދީގެ މަރުގެ ވާހަކަ ނުހަދާ ހުޅުވިފައިވާ މިނިވަން ތަހުގީގެއް މިހާރުން މިހާރަށް ނުކުރަންޏާ މުއިއްޒު އިސްތިއުފާ ދޭށެވެ. އެކަން ކުރެވޭ ބަޔަކު އޭރުން އެ ތަހުގީގުކޮށް ފިޔަވަޅު އަޅާނެއެވެ.

    ]]>
    Mon, 18 May 2026 18:33:18 +0500 މުއާޒު
    ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ދީފައި އަތުލެވޭ އިނާޔަތެއްނޫން https://heerasnews.com/4189 https://heerasnews.com/4189 ރާއްޖެއަކީ "އިންޓަނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" ގައި ބައިވެރިވެފައިވާ ގައުމެކެވެ. އައިސީސީޕީއާރު މުއާހަދާގެ 19 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ރާއްޖޭގެ މައްޗަށް ލާޒިމުކަމެކެވެ.

    ދައުލަތުގެ މަސްއޫލުވެރިންނަށް ރައްދުވާ ފާޑުކިޔުންތަކުން ނުވަތަ ތުހުމަތުތަކުން އެބޭފުޅުންގެ އަބުރު ސަލާމަތްކުރުމުގެ ނަމުގައި ނެރޭ ހަރުކަށި އަމުރުތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަންކަމެވެ. އާންމު މަސްލަހަތާ ގުޅުންހުރި މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމާއި، ހަބަރު ފެތުރުމާއި، ރިޕޯޓްކުރުމާއި އަދި މައުލޫމާތު ދައުރުކުރުން ހަނިކުރުމަށް ރާއްޖޭގެ ކުރިމިނަލް ކޯޓުން ނެރުނު "ގެގް އޯޑަރ" ސަބަބުން، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އަދި ޑިމޮކްރެޓިކް ނިޒާމު ދެމެހެއްޓުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ.

    ހަމައެހެން ހަބަރު ފެތުރުމުގެ ކުރިން އެކަން ހުއްޓުވުމަށް ނެރޭ އަމުރުތަކަކީ "ޕްރަޔާ ރެސްޓްރެއިންޓް" ނުވަތަ ކުރިއާލާ ހުރަސްއެޅުމުގެ އަމަލުތަކެވެ. މިއީ ސެންސަރުކުރުގެ އެންމެ ނުރައްކާތެރި ބާވަތް ކަމުގައި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ މާހިރުން ފާހަގަކުރެއެވެ. ކުރިއާލާ ހުރަސްއެޅުމުގެ ސަބަބުން ނޫސްވެރިކަމަށާއި، އިލްމީ ދިރާސާތަކަށާއި، އަދި ސިޔާސީ ހަރަކާތްތަކަށް ބިރުވެރިކަން އުފެދި، އަމިއްލައަށް ސެންސަރުވުމުގެ ސަގާފަތެއް އުފެދެއެވެ.

    ނޫސް އިދާރާތައް ރެއިޑްކުރުމާއި، ނޫސްވެރިންގެ ތަކެތި ހިފެހެއްޓުމާއި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުމާއި، ދަތުރުފަތުރުގެ މިނިވަންކަން ހަނިކުރުމާއި، އަދި ކޯޓުތަކުން ނެރޭ ސެންސަރުގެ އަމުރުތަކަކީ ޑިމޮކްރެސީ ފަހަތަށް ޖެހެމުންދާކަން ސާފުވަމުންދާކަމުގެ ނިޝާންތަކެކެވެ. ގާނޫނީ ދައުލަތެއްގައި، ސިޔާސީ ނުތަނަވަސްކަމެއްގެ ސަބަބުން ނުވަތަ މުއައްސަސާއަކަށް ލިބިދާނެ ލަދުވެތިކަމަކަށްޓަކައި، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގުތައް ގުރުބާންކޮށްގެން ނުވާނެއެވެ.

    ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ދައުލަތުން ބޭނުންވުމުން ދީފައި، ބޭނުންވުމުން އަތުލެވޭނެ އިނާޔަތްތަކެއް ނޫނެވެ. އެއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ، ބައިނަލްއަގުވާމީ ގޮތުން ރައްކާތެރިކަން ލިބިގެންވާ، އަދި ޑިމޮކްރެޓިކް ވެރިކަމާއި ޖަވާބުދާރީވަނިވި ނިޒާމެއްގެ އެންމެ ވަރުގަދަ ތަނބެވެ.

    ]]>
    Sat, 16 May 2026 11:20:06 +0500 މުއާޒު
    ވެންޓިލޭޓަރ ފައިސާ މިހާރު ނުލިބި އޮންނާނީ މުއިއްޒުގެ އިހުމާލުން https://heerasnews.com/4188 https://heerasnews.com/4188 ކޮވިޑް-19 ގެ ތެރޭގައި ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި ފައިސާތައް ގެއްލުނު މައްސަލައަކީ ރައްޔިތުން ހަނދާން ނެތޭނެ ކަމެއް ނޫންކަމަށް ބުނެ ކަންކަން އޮޅުވާލަން ރައީސް މުއިއްޒެއް ކަމަކު އުޅޭނެ ކަމެއްނެތެވެ. ކަނޑައެޅިގެން ހަގީގަތް އެނގިހުރެ ނަފްރަތު އުފެދޭގޮގޮތަށް ރައްޔިތުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. 

    ކޮވިޑް19 ގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރ ހޯދުމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ލިބެން އޮތްގޮތަކަށް ހޯދަން ސަރުކާރަށް މަޖުބޫރުވީ އެއްޗެކެވެ. ރާއްޖެއަށްވުރެ މާފޯރުންތެރި ގައުމުތަކުންވެސް ވެންޓިލޭޓަރ ނުލިބިގެން އޭރު ދިޔައީ މަސައްކަތް ކުރަމުންނެވެ. އެޑްވާންސްކޮށް ފައިސާދީގެންނޫނީ ލިބޭވަރަށްވުރެ ވެންޓިލޭޓަރގެ ޑިމާންޑް ދުނިޔޭގައި އޭރު މާބޮޑެވެ. އެހެން ކަމުން ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުން ދެއްކި ބަޔަކަށް އެޑްވާންސްކޮށް ފައިސާ ދީގެން ވެންޓިލޭޓަރ ގަތުމަށް ނިންމުން ނޫން ގޮތެއް އެވަގުތަކު ރާއްޖެއަކަށް ނެތެވެ. 

    ސިއްހީ ހިދުމަތްދޭ އެއްޗެއް ހޯދުމަށް ޑަބްލިޔުއެޗްއޯ އޮފީހުން ދައްކާ ބަޔަކަށްވުރެ އިތުބާރު ހުރި އެހެން ބަޔަކު ނުތިބޭނެއެވެ. ފައިސާ ލިބުމުން މުދާ ފޯރުކޮށް ނުދިނުމަކީ ސަރުކާރުން ކުރާނެކަމެއް އެކަމުގައި އޮންނާނެ ކަމެއްނޫނެވެ. ފައިސާ ދިނުމުން މުދާ ފޯރުކޮށް ނުދިނުމުން ސަރުކާރަށް ކުރެވޭނެހާވެސް ކަމަކީ އެބައެއްގެ އަތުން އަނބުރާ އެފައިސާ ހޯދަން މަސައްކަތް ކުރުމެވެ. 

    ވެންޓިލޭޓަރ ގެނެސްދިނުމަށް ޖާމިނުވި ދުބާއީ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުނިން އެފައިސާ ހޯދުމަށް ރައީސް ސޯލިހުގެ ވެރިކަމުގައި ގިނަގުނަ މަސައްކަތްތަކެއްކޮށް އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށް 31 މިލިޔަން ރުފިޔާ ހޯދަން މަސައްކަތްކޮށްފައިވެއެވެ. ކުރިދައުވާ ސާބިތުވެ އާބިޓްރޭޝަނުން ވަނީ ބަދަލާއި އާބިޓްރޭޝަނަށް ދައްކަންޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދެއްކުމަށް އަމުރުކޮށްފައެވެ.

    އާބިޓްރޭޝަންގެ އަމުރާ އެއްގޮތަށް އެ ކުންފުނިން ފައިސާ ނުދައްކައިގެން 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީ ކޯޓުން އަމުރުކުރީ މުއިއްޒުގެ ވެރިކަމުގައި 2025 ވަނަ އަހަރެވެ.

    އެހެން ކަމުން މިހާރު އޮންނަން ވާނީ ސަރުކާރަށް އެފައިސާ ލިބިފައެވެ. ނުލިބި އޮތްނަމަ އެ ފައިސާ ހޯދުމަށް ދެން ކުރަން އޮތްކަމެއް ކުރަންޖެހިފައި އޮތީ މުއިއްޒަށެވެ. ވެންޓިލޭޓަރ ފައިސާ ހޯދުމަށް މުއިއްޒު ކުރަންޖެހޭ ކަމެއް ނުކޮށްހުރެ ސިޔާސީގޮތުން ނަފްރަތު އުފައްދަން ވެންޓިލޭޓަރޭ މުއިއްޒު ނުކިޔާށެވެ.  

    ]]>
    Sat, 16 May 2026 08:44:11 +0500 މުއާޒު
    މުއިއްޒު ކޯޓް ހުރުމަތް ކަނޑައިފި & ފިޔަވަޅު އަޅަން ކެރޭނެތަ! https://heerasnews.com/4186 https://heerasnews.com/4186 ކޯޓު އަމުރަކުން ސީދާގޮތުން ވެސް ނުސީދާގޮތުން ވެސް ދެއްކުން މަނާކޮށްފައިވާ ޑޮކިއުމެންޓްރީގެ ވާހަކަ ޕީއެންސީ ހަރުގޭގައި ރޭގައި ދައްކައިފިއެވެ. ބަޔަކު އެއްކޮށްގެން ވަރަށް ފާޅުގައެވެ. އެވާހަކަ ދެއްކީ ރައީސް މުއިއްޒާއި ޕީއެންސީ ޕީޖީ ލީޑަރެވެ.

    ޕީއެންސީ ލީޑަރ ޑރ. މުހައްމަދު މުއިއްޒު ޕީއެންސީ ހަރުގޭގައި އެވާހަކަ ދެއްކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައެވެ. އެއްވެސް މާނައެއްގައި އައިޝާ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން ކޯޓު އަމުރަކުން މަނާކޮށްފައި ވަނިކޮށް މުއިއްޒާއި އޭނާގެ ބައިވެރިން އެވަނީ ފާޅުގައި ކޯޓުގެ ހުރުމަތް ކަނޑާފައެވެ. 

    އައިޝާ ޑޮކިއުމެންޓްރީއާއި ގުޅިގެން ނެރުނު ކޯޓު އަމުރު ނެރުނުކަމަށް ބުނެ އެ ހަބަރު ގެނެސްދިން ނޫސްވެރިޔާ ކޯޓުގެ ހުރުމަތް ކަނޑައިގެން ކުށްވެރިކޮށް 10 ދުވަހަށް ވަނީ ޖަލަށް ލާފައެވެ. އެ ހަބަރު ޖެހި ނޫސްވެރިޔާ ކޯޓްހުރުމަތް ކެނޑިކަމަށް ވީހެން ފާޅުގައި މީހުން އެއްކޮށްގެން އެ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކި ޑރ. މުއިއްޒު ކޯޓު ހުރުމަތް ނުކަނޑާ ކަމަށް ވާނެ ހެއްޔެވެ. 

    ކޯޓު ހުރުމަތް ކަނޑައިގެން ޑރ. މުއިއްޒަށް ވަގުތުން ޖަލުހުކުމެއް ކުރަން ޖެހެފައި ހުރިކަމަށް ގިނަ ބަޔަކު ދެކެއެވެ. ކްރިމިނަލް ކޯޓުގެ ހުރުމަތް ހިފެހެއްޓުމަށް މ. ދިމްޔާތު މުހައްމަދު މުއިއްޒަށް ކޯޓުހުރުމަތް ކެނޑުމުގެ ކުށުގައި ޖަލުހުކުން ކުރަން ކްރިމިނަލް ކޯޓް ގާޒީންނަށް ކެރޭނެ ހެއްޔެވެ. ނުކެރޭނެއެވެ.

    އިންސާފުވެރި ހުރުމަތެއް އޮތް ކޯޓެއްނަމަ ބަހަނާއެއް ނެތި ޑރ. މުއިއްޒަށް ފިޔަވަޅު ނާޅާ ނުއޮންނާނެ ކަމަށް މީހުން ދެކެއެވެ. 

    ]]>
    Fri, 15 May 2026 15:24:52 +0500 މުއާޒު
    ދައުލަތް ލޫޓުވާ ވަސީލަތަކަށް މީޑިއާ ހެދުމުން ޒިންމާދާރު ނޫސްވެރިން ތިބޭނީ ޖަލުގަ! https://heerasnews.com/4180 https://heerasnews.com/4180 ވަކި ނޫސްވެރިންތަކަކާއި ވަކި މީޑިއާތަކަކަށް ހަރުކަށި ފިޔަވަޅު ނާޅައިގެން ބައެއް ނޫސްވެރިންނާއި ބައެއް މީޑިއާތަކުން އަޑުއުފުލާ ޝަކުވާކޮށް ހަދާތީ އެބަފެނެއެވެ. ނޫސްވެރި މުޖުތަމައުގައި ވަކި ބަޔަކު ނައްތާލުމުގެ ރޫހެއް ފެށިގެން އުޅޭތީ ނިހާޔަތަށް ކަންބޮޑުވެއެވެ. އެއް މީޑިއާއަކުން އަނެއް މީޑިއާއެއް ކުށްވެރިކޮށް ބައެއް މީޑިއާތަކުން ކުރަނީ ނޫސްވެރިކަން ނޫންކަމަށް ވެސް އެބަބުނެއެވެ. 

    މީޑިއާއަކީ ކޮބައިކަން ރަނގަޅަށް އެނގޭ އެއްވެސް މީޑިއާއަކުން، އަނެއް މީޑިއަކުން ގެނެސްދޭ ކޮންޓެންޓާ ގުޅުވައިގެން މީޑިއާއެއް ކުށްވެރިކޮށެއް ނުހަދާނެއެވެ. ކޮންމެ މީޑިއާއަކީ އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަށް މަސައްކަތް ކުރާބައެއްކަން ވެސް ރަނގަޅަށް އެނގޭނެއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ލިބިދޭ ދާއިރާގެ ތެރޭގައި އެ މީޑިއާއެއްގެ ޕޮލިސީ ތަންފީޒު ކުރުމަކީ ކޮންމެ މީޑިއާއަކަށް އޮތް ހައްގެއްކަން ވެސް އެނގޭނެއެވެ.

    އަބުރާއި ފިތުނައާއި ގައުމީ ސަލާމާތަށް ނުރައްކާ ކުރުން ފަދަ ފުޅާ ދޭހަތައް ގޮތްގޮތަށް މާނަކޮށްގެން ބާރާއި ނުފޫޒުހުރި މީހުން އެ ހިނދަކަށް ބޭނުންވާ ގޮތަކަށް ދޭހަކޮށްގެން ހިތާނުވާ މީޑިއާތައް ވުޖޫދުން ފުހެލަން އުޅުމަކީ އައުކަމެއް ނޫނެވެ. ރާއްޖޭން މިއަދުވެސް ފެންނަނީ އެ މަންޒަރެވެ. 

    ތަހުގީގީ ނޫސްވެރިކަންކޮށް ސަރުކާރާއި މުޖުތަމައުގައި ހިންގާ ނޭއްގާނި ކަންކަން ހޯދާ ބަލާ އެކަންކަމުގެ ވާހަކަ ދައްކާ ނޫސްތަކާއި ނޫސްވެރިންނަށް ދުއްތުރާ ޖެއްސުމަކީ ބާރުވެރިންގެ ކިބައިގާ އަބަދުވެސް އޮންނަކަމެކެވެ. އެބަޔަކު ބޭނުންވާ ކަމެއް ބޭނުންވާ ގޮތަށް ފަތުރަންވީމާ ނޫސްވެރިން ވަރެއް ނޯވެއެވެ. އެކަމަކު ދެރަކަމަކީ މީޑިޢަތަކުން މީޑިއާތަކާ ދިމާކުރުމެވެ. 

    ބައެއް މީޑިއާތަކުން ވަކިވަކި މީޑިއާތަކާ ދިމާކުރަނީ ކީއްވެގެންތޯ ބަލާލުމުން ފެންނަ މަންޒަރު ވަރަށް ތަފާތެވެ. ދައުލަތުގެ ބަޖެޓުންނާއި ދައުލަތުގެ އެސްއޯއީތަކުން މަހުން މަހަށް އަތްގުޅިނުކާ ވަރަށް އެކި ނަންމުގައި ފައިސާ ހޯދާ މީޑިއާތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރާ މީޑިއާތަކާއި ނޫސްވެރިންނާ ޖައްސާލައިގެން އެއްވާނަކަށް އުޅޭކަމީ އަދުގެ ހަގީގަތެވެ. 

    ރާއްޖޭގެ މީޑިއާއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ވަޒީރު ބޭފުޅުންނާއި މަޖިލިސް މެންބަރުންނާއި އެސްއޯއީތަކުގެ ވެރިންނާއި ސިޔާސީ އައްޔަނީންގެ ތެރެއިން އެތައް ބަޔަކު ދައުލަތުން ނަހަމަ ގޮތުގައި ފައިސާ ހޯދަން މީޑިއާ ބޭނުން ކުރުމެވެ. އެކި ނަންނަމުގައި އެ މީހުން ގިނަ އަދަދަކަށް މީޑިއާތައް ރަޖިސްޓްރީކުރުވައިގެން ދައުލަތް ލޫޓުވަން ބޭނުން ކުރާ ވަސީލަތަކަށް މީޑިއާ ހެދުމުން ޒިންމާދާރު ނޫސްވެރިން ތިބޭނީ ޖަލުގައެވެ.  

    ]]>
    Thu, 14 May 2026 13:00:00 +0500 މުއާޒު
    3 ރައީސުން ގުޅިގެން ގައުމު ސަލާމަތްކުރަން ނިކުތުމަށް ފައްޔާޒު ގޮވާލައިފި https://heerasnews.com/4176 https://heerasnews.com/4176 މުޅި ދައުލަތް ހިސޯރުކޮށްގެން ހުންނެވި މ. ދިމްޔާތު މުހައްމަދު މުއިއްޒު އެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވާން ކުރެއްވި ހުވަޔާ ހިލާފުވެ ބުއްދި ފިލައި ގޮސްފައި ކަމަށާއި ތަފާތު ވިސްނުންތައް އެއްފަރާތްކޮށް ސަރުކާރާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކޮށް ރައްޔިތުންގެ ނުރުހުމުގެ އަޑު އިއްވަން ޖެހޭ ކަމަށް އަލްއުސްތާޒު ފައްޔާޒު އިމާއީލް ވިދާޅުވެއްޖެއެވެ.

    ފައްޔާޒު ވިދާޅުވީ މިއީ އިދިކޮޅު ލީޑަރުން އަދި ވަކިން ހާއްސަކޮށް ރައީސް ނަޝީދާއި ރައީސް ސޯލިހާއި ރައީސް ޔާމީނު އެކުގައި ނުކުމެ ގައުމު ސަލާމަތް ކުރަންވީ ވަގުތު ކަމަށެވެ.

    "އަޅުގަނޑުމެން މި ތިބީ ތިން ރައީސުންނާއެކު މި މަސައްކަތް ފަސްޖެހުމެއް ނެތި ކުރުމަށް ތައްޔާރަށް." ފައްޔާޒު ވިދާޅުވިއެވެ.

    "މިހާރުން މިހާރަށް ނޫސްވެރިން މިނިވަން ކުރުމަށް އިންސާފުވެރި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތައް މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރަން" އޮނަރަބަލް ފައްޔާޒު ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގޮވާލެއްވިއެވެ.

    ]]>
    Wed, 13 May 2026 13:27:48 +0500 މުއާޒު
    ބަދަލުހިފުމުގެ ރޫހުގައި ނޫސްވެރިންނާ ކުރިމަތިލައިގެން ނުވާނެ: ހުސްނުއްސުއޫދު https://heerasnews.com/4175 https://heerasnews.com/4175 ބޮޑެތި ގޮންޖެހުންތަކާއި ހިތްދަތި ތަޖުރިބާތަކަކާ ކުރިމަތިލާންޖެހުނު ދެ ނޫސްވެރިން ކަމުގައިވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ގެގް އޯޑަރަކުގެ ދަށުން އެތިބީ ޖަލުގެ ތޭރިތަކުގެ ފަހަތުގައެވެ. ހިތްވަރުގަދަ އެ ދެ ނޫސްވެރިންގެ މަސައްކަތް ފާހަގަ ކުރައްވާ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ރާއްޖޭގެ ގާނޫނީ ދާއިރާގެ ތަޖުރިބާކާރު ގާނޫނީ މާހިރު އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވެފައިވާ ވިދާޅުމެއް ރެކޯޑަށްޓަކާ ގެނެސް ދޭނަމެވެ. 

    އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވިއެވެ. 

    "ވަޒީފާގެ ޒިންމާ އަދާކުރުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކާއި ހިތްދަތި ތަޖުރިބާތަކަކާ ކުރިމަތިލާންޖެހުނު ދެ ނޫސްވެރިއެއްގެ މަސައްކަތް ފާހަގަކުރަމެވެ.

    ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އެ ދެ ނޫސްވެރިން ޖަލަށްލުމަކީ ހެދުނު ބޮޑު ގޯހެކެވެ. އެއީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޖަވާބުދާރީވުމުގެ އުސޫލުތަކާއި، ޑިމޮކްރެޓިކް ނިޒާމެއްގައި އޮންނަންޖެހޭ ދެފުށް ފެންނަ ސިޔާސަތުތަކަށް އުނިކަން އައި ކަމެކެވެ.

    ނޫސްވެރިކަމަކީ ކުށެއް ނޫނެވެ. މިނިވަން މުޖުތަމައެއްގެ ދެމިއޮތުން ބިނާވެފައިވަނީ، ކަންކަމުގައި ސުވާލުކުރަން ކެރޭ، ހަގީގަތް ހޯދުމަށް މަސައްކަތްކުރާ އަދި ކިތަންމެ ނުތަނަވަސް ހާލަތެއްގައި ވެސް މުއައްސަސާތައް ޖަވާބުދާރީކުރުވާ ހިތްވަރުގަދަ ނޫސްވެރިންގެ މައްޗަށެވެ.

    އެ ނޫސްވެރިންނަށް ކުރިމަތިވި ނާއިންސާފު ހާލަތްތަކުގައި ވެސް ދެއްކެވި ސާބިތުކަމާއި، ފަންނީ އަހުލާގާއި، ހުނަރުވެރިކަން ފާހަގަކޮށް އޭގެ އަގު ވަޒަންކުރަމެވެ. އާންމު މަސްލަހަތާ ގުޅުންހުރި ކަންކަން ރިޕޯޓުކުރުމުގައި އެ ދެއްކެވި ސާބިތުކަމަކީ، މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދޭ އަލިގަދަ ހެކިތަކެކެވެ.

    މި ހާދިސާއަކީ މުހިންމު ފިލާވަޅަކަށް ވާންޖެހެއެވެ. އެއީ ފާޑުކިޔުމާއި، ކަންކަން ތަހުގީގުކޮށް ބެލުމާއި، ނޫސްވެރިކަމުގެ މަސައްކަތްތަކަށް ބަދަލުހިފުމުގެ ރޫހުގައި ކުރިމަތިލައިގެން ނުވާނެ ކަމެވެ. ބިރެއްނެތި މަސައްކަތްކުރާ މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީ ބަލިކަށިކޮށްލާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ޑިމޮކްރަސީ ވަރުގަދަކޮށްދޭ އަސާސެކެވެ."

                        

    ]]>
    Wed, 13 May 2026 12:31:26 +0500 މުއާޒު
    ހައްގަށް ނަސްރު އަންނާނެ. ސާބަސް ދަރިފުޅު: ޝާޒް (ތަޖޫ) https://heerasnews.com/4174 https://heerasnews.com/4174 ނޫސްވެރިޔާ މުހައްމަދު ޝަހުޒާނުގެ ހިތްވަރު ގަދަކަމަށް އޭނާގެ އާއިލާގެ ފަރާތުން ބައްޕަ އަހުމަދު ޝާޒް (ތަޖޫ) ތައުރީފް ކުރައްވައިފިއެވެ.

    ރައީސް މުއިއްޒު އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި އަދަދު ނޫހުގެ ހިތްވަރުގަދަ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް މުއިއްޒާ ކުރެއްވި ސުވާލަކާ ގުޅިގެން 15 ދުވަހަށް މޫސްވެރިޔާ ޝަހުޒާން ވަނީ ޖަލަށް ިއަދު ޖަލަށް ލާފައެވެ.

    ރައީސް މުއިއްޒު އަރިހުން ނޫސްވެރިޔާ ޝަހުޒާން އެއްސެވީ ރައީސް އޮފީހުގެ އާދައިގެ އަންހެން މުއައްޒަފާ ސިގްނަލް އެޕް މެދުވެރިކޮށް ރޭގަނޑުގެ ނު ގަޑިގަޑީގައި އެކި ރޭ މަތިން އެކި ގަޑީގައި 58 ކޯލް ކުރެއްވީ ކީއްވެތޯއެވެ. އެކޯލް ތަކުގައި ރައީސް އޮފީހުގެ އާދައިގެ އަންހެން މުއައްޒަފަކާ ދައްކަވަން އޮތީ ކޮން ވާހަކައެއްތޯއެވެ. 

    ރައީސް މުއިއްޒަށް ޖަވާބު ނުދެއްވުނު އެ ހޫނު ސުވާލަށް ލިބުނު ޖަވާބަކީ ނޫސްވެރިޔާ އެ މާލަމުން ނެރެލުމާއި 15 ދުވަހަށް ޖަލަށްލުމެވެ. ނޫސްވެރިޔާ ޝަހުޒާނު ޖަލަށް ލުމާއި ގުޅިގެން އޭނާގެ ބައްޕަ އަހުމަދު ޝާޒް ވިދާޅުވީ މުއިއްޒާ އާއި ނިއުސް ކޮންފަރެންސް އެއްގައި ސުވާލު ކޮއްލި ހިތްވަރުގަދަ ނޫސްވެރިޔާ އަށް ކޯޓަށް ހާޒިރުކޮށް ލޯޔަރަކު ހޯދަން ދިނީ އެންމެ 2 ގަޑިއިރު ކަމަށެވެ.

    ލޯޔަރު އެއީ ފިހާރައިގައި ވިއްކަން ހުންނަ އެއްޗެއްތޯ ސުވާލުކރައްވަމުން ޝާޒު ވިދާޅުވީ "ހައްގަށް ނަސްރު އަންނާނެ. ސާބަސް ދަރިފުޅު" މިހެންނެވެ. 

    އަހުމަދު ޝާޒަކީ ސިފައިންގެ ހިދުމަތުން ރިޓަޔަރ ވެގެން ހުންނެވި ރާއްޖޭގެ މަޝްހޫރު ކޮމޭޑިއަނެއް ކަމުގައިވާ "ތަޖޫ" އެވެ. 

    ]]>
    Tue, 12 May 2026 21:07:18 +0500 މުއާޒު
    ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ނުކޮށް ކޯޓުއަމުރަކުން ހައްގެއް ނުހިފެހެއްޓޭނެ https://heerasnews.com/4164 https://heerasnews.com/4164 މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމެވެ. މިދާވަރުން ދަންޏާ އުޅެންޏާ އުޅޭހާ އައިޝާ އަކީ އައިޝާ ނޫންކަމަށް ވެސް ވެދާނެއެވެ. ތަންތާ ހުރިއްޔާ ހުރި އެލްސޯފާއަކީ ސޯފާ ނޫން ކަމަށްވެސް ކަނޑައަޅާ އެލްސޯފަތައް ނައްތާލުމުގެ އަމުރެއް ނިކުންނާކަށް ލަހެއް ނުވާނެއެވެ. އިނގިރޭސި އަލިފުބާއިން އެލް އަކުރު ކަނޑާލުމުގެ ކޯޓުއަމުރެއް މުޅި ދުނިޔެއަށް ނުނެރެ މިފަހަރު ސަލާމަތެއް ނުވާނެއެވެ. 

    ގާނޫނު އަސާސީން ލިބިދިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމަތު ހޯދާ ލިބިގަތުމުގެ ހައްގާއި ނޫސްވެރިކަން ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގައިރުގާނޫނީ އަމުރަކަށް ކިޔަމަން ނުވުމުގެ ހައްގު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. 

    އާއްމުކޮށް މުޅި ރައްޔިތަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔެއްގެ މައްޗަށް ނެރޭ އަމުރަކުން އަސާސީ ހައްގެއް ހިފެހެއްޓޭނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ގެންނެވެ. އެހެންވެސް ދިރިހުރުމުގެ ހައްގާ ގަދަކަމުން މަސައްކަތް ނުކުރުވުމުގެ ހައްގާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގާއި އަދުލުވެރިކަމާއެކު ޝަރީއަތް ކުރުމުގެ ހައްގެއް ނުހިފެހެއްޓެނެއެވެ.  ކޯޓު އަމުރަކުން މުޅި ރައްޔުތެއްގެ މައްޗަށް ކަމެއް މަނާކުރުމުގެ ބާރެއް ކޯޓަކަށް ނުއޮންނާނެއެވެ.

    ކޯޓުއަމުރަކުން ކަމެއް މަނާކުރެވޭނީ ހުށަހެޅިފައިވާ މައްސަލައިގެ ހަސްމުންނާއި މައްސަލައާއި ސީދާ ގުޅުންހުރި މީހުންނާއި ތަކެއްޗާއި ކަންކަމާ މެދުގައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކުށެއްކަމަށް ކަނޑައަޅަފައި ނެތް ކަމަކާ ގުޅުވައި އާއްމު މަނައަކުން އެއްވެސް ކަމެއް މަނާކުރުމަށް ނެރެވޭ ކޮންމެ އަމުރަކީ ގައިރު ގާނޫނީ އަމުރެކެވެ. ގައިރު ގާނޫނީ އަމުރަށް ކިޔަމަން ނުވުމަށް ކޮންމެ މީހެއްގެ މައްޗަށް ގާނޫނު އަސާސީ ލާޒިމުކުރެއެވެ.

    ]]>
    Sun, 10 May 2026 22:10:00 +0500 މުއާޒު
    އަލީ އާރިފް ދޫކޮށްލެވުނަސް މުއިއްޒަށް ޝިއުނާ އާއި މަލްޝާ ދުލެއްނުކުރެވޭނެ! https://heerasnews.com/4160 https://heerasnews.com/4160 ރައީސް މުއިއްޒު ސަރުކާރާ ހަވާލުވުމަށްފަހު ފަތުރުވެރިކަމުގައި އިންޑިއާގެ މާކެޓް ހެދީ ސިޔާސީ ބަދަލު ހިފުމަކަށެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ލިބުނީ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެވެ. ވާނެ އެއްޗެއްވީ ފަހުން އެކަން ރަނގަޅުކުރުމުގެ ޒިންމާ އެޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންގެ ބޮލުގައެވެ.

    ދިވެހިރާއްޖެއަށް އޭރު އިންޑިއާ މާކެޓް ގެއްލިގެން ދިޔައީ ލަކްޝަދީޕާ އޮތް ވާދަވެރިކަމެއްގެ ސަބަބަކުން ނޫނެވެ. އިންޑިއާ މާކެޓަށް ލޮޅުން އެރީ އޭރު ސަރުކާރުގެ ތެރޭގައި އަށަގެންފައި އޮތް ބޮޑާކަމާއި، ހަރުކަށި ގައުމީ ފިކުރާއި، ޑިޕޮލޮމެޓިކް ގުޅުމުގެ ހައްސާސްކަން ނޭގޭ ގާބިލުކަމެއް ނެތް ބަޔަކަށް ގައުމުގެ ނަމުގައި ބަސްބުނަން ދީފައިއޮތް ފުރުސަތު ނަތީޖާގެ ސަބަބުންނެވެ.

    އިންޑިއާ މާކެޓް ދަށަށް ދިއުމުގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުމުގެ އަންދާޒާ:

    2023 ވަނަ އަހަރު އިންޑިއާއިން އައި ފަތުރުވެރިން: 209,193

    2024 ވަނަ އަހަރު އިންޑިއާއިން އައި ފަތުރުވެރިން: 130,805

    މަދުވި އަދަދު: 78,388 ފަތުރުވެރިން

    ފަތުރުވެރިއަކަށް 2,500 އެމެރިކާ ޑޮލަރުގެ ރޭޓުން ބަލިނަމަވެސް ހަމައެކަނި 2024 ވަނަ އަހަރު ލިބުނު ގެއްލުން 195.97 މިލިއަން އެމެރިކާ ޑޮލަރަށް އެރިއެވެ. އަނެއްކޮޅުން 2025 ވަނަ އަހަރު އިންޑިއާއިން އަންނާނެ ކަމަށް ލަފާކުރި ފަތުރުވެރިންގެ އަދަދަކީ 131,625އެވެ. އެހެން ކަމުން 2023 ވަނަ އަހަރާ އަޅާބަލާއިރު 77,568 ފަތުރުވެރިން މަދެވެ. ލިބުނު ގެއްލުން މީހަކަށް 2,500 ޑޮލަރުގެ ރޭޓުން 193.92 މިލިއަން އެމެރިކާ ޑޮލަރު ގެއްލިގެން ދިޔައެވެ. 

    އެހެންކަމުން، 2023 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލައި އެންމެ ދަށް މިންވަރަކުން އަންދާޒާ ކުރިޔަސް، 2024 އާއި 2025 އާ ދެމެދު އިންޑިއާ މާކެޓުން ރާއްޖެއަށް ގާތްގަނޑަކަށް 389.9 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ވިއެވެ. ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާ ނިސްބަތުން އިންޑިއާގެ މާކެޓްގެ ބައިވެރިވުން ނުހޯދުނު ނަމަ، މި ގެއްލުން 540 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވުނެވެ.

    ގައުމާއި ރައްޔިތުންނަށް ދުވަހަކުވެސް ބައެއްގެ ފަރާތުން ނުދޭވަރުގެ ގެއްލުމެއްދިން ދެ އަންހެނުން އަދިވެސް ސަރުކާރުގެ މަތިފަޑީގައި ދައުލަތުން އަތްގުޅި ނުކާވަރުގެ މުސާރައާއި އިނާޔަތް ދީފައި ބައިތިއްބާފާ އެބަތިބެއެވެ. ގައުމަށް ގައްދާރުވެފައިވާ ދެ އންހެނެއްގެ ބަލަދު ދައުލަތަށް އަރައިގެން އުޅެނީ ކީއްވެގެން ހެއްޔެވެ. ރައީސް މުއިއްޒަށް އެ ދެ އަންހެނުންގެ ކިބައިން ސަލާމަތް ނުވެވިގެން އުޅެންޖެހޭ ސަބަބެއް އޮންނާނެއެވެ. ރައީސް މުއިއްޒުގެ ދެބެންގެ ދެދަރިބޭބެ އަލީ އާރިފް ސަރުކާރުން ވަކިކޮށްލެވުނު ރައީސަށް ޝިއުނާ އާއި މަލްޝާ ދޫކޮށް ނުލެވުމުގައި އަޑިނޭނގޭ ހާއްސަގުޅުމަކާއި ސިއްރުތަކެއް ނެތިއެއް ނުދާނެއެވެ. 

    ]]>
    Sun, 10 May 2026 12:56:24 +0500 މުއާޒު
    މުއިއްޒު ބަލިކަށިވަރު އެނގުނީހީ އެމްޑިޕީ ބައިބައި ނުވާނަމަ: އައްބާސް https://heerasnews.com/4157 https://heerasnews.com/4157 ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ބަލިކަށިވެ ގޮތް ހުސްވެފައިވާ މިންވަރު އެނގުނީހީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ގެ ތެރޭގައި ބައިބައިވުން ނެތްނަމަ ކަމަށް ވެލިދޫ ދާއިރާގެ މެންބަރ މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

    މެންބަރު އައްބާސް ވިދާޅުވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީން ފެނިގެންދަނީ ވެރިކަމުގެ ދަހިވެތިކަމުގައި އެކަކު އަނެކަކު ނޮޅާ ކަމުންދާ ބޮޑު މަންޒަރު ކަމަށެވެ.

    ސަރުކާރު ޖަވާބުދާރީ ކުރަންޖެހުނު މުހިންމު ވަގުތު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ދައުރު އަދާ ނުކުރެވޭކަމަށް އައްބާސް ވިދާޅުވެއެވެ. 

    ޤާނޫނުއަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އެތަކެއް ހައްގުތަކެއް ގެއްލި ދައުލަތުގެ ތިންބާރު އެކުވެ ގައުމެއްގެ ސިފަ ގެއްލިގެން ރާއްޖޭން ދާކަމަށް މެންބަރު އައްބާސް ވިދާޅުވެއެވެ. 

    ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ވެރިން ވިސްނާ ފިކުރު ކުރާކަށް ނުވޭތޯ އައްބާސް ވަނީ ސުވާލު ކުރައްވާފައެވެ.

    އައްބާސް އައްސަވަނީ "މި ގައުމުގެ ވެރިއަކަށް ހުންނެވި ބޭފުޅަކު ރައީސް އޮފީހިގެ ހުރުމަތް ކަޑާލާ، ޒިނޭގެ ތުހުމަތު ކުރެވުނު ޒަމާނެއް ދިވެހިން ދުށީމުތޯ" އެވެ. 

    މެންބަރު އައްބާސް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ރޭގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

    ]]>
    Fri, 08 May 2026 17:10:12 +0500 މުއާޒު
    ތަރުޖަމާނަށް: އެންޖަލިކް ޝެރޯން ފޭކްވުމުން އާރުޓީއައި ވެސް ފޭކުވީތަ؟ https://heerasnews.com/4153 https://heerasnews.com/4153 މީހަކު އާރުޓީއައި އެއް ފޮނުވިޔަސް ޗެޓެއް ކޮށްލިޔަސް އަނެއްކޮޅުގައި ހުރީ އަސްލު އިންސާނެއްކަން ކަށަވަރުކުރަން ތަރުޖަމާނު  ބޭނުން ވާނެކަން އެނގެއެވެ. ގިނި ދުށް މީހާ ރަތްމަލަށް ބިރު ގަންނަ ވާހަކައަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބުނެއުޅޭ މިސާލު ބަހެކެވެ. 

    އެންޖެލިކް ޝެރޯން ބޮލަށްވަދެ ބުއްދި ފަސްވެ ޑެސްކްޓޮޕް ކުރިމަތީގައި ހޫނު ސައިކުރާ އަމިއްލަ ގަޔަށް އޮއްސާލެވުނު ފަހުން ފެންނަން އިން ފޮޓޯގައިވާ އެންޖަލިކް ޝެރޯންއަކީ އަސްލެއް ނޫންކަން އެގުނީމާ މީހާ ލަދުފަށެއް ގަންނާނެތާއެވެ. އޮންލައިން ޕްލޭޓް ފޯމަކުން ސަމަންތަރު ހެޔޮ ރީތި އަންހެން ކުއްޖެއްގެ ފޮޓޯއެއް ލައިގެން ޗެޓްކޮށްލާ އިރަށް އަރާހިކުނީމާ ނުވެނުދާނެ ހުރިހާ ގޮތެއްވެސް ވާނެއެވެ. 

    އެންޖެލިކް ޝެރޯން ހަގީގަތަކަށް ނުވީމާ ތަރުޖަމާނެއް ކަމަކު ގިނި ދުށް މީހާ ފަދައިން ރަތް މަލަށް ބިރުގަންނާނެއެވެ. އާރުޓީއައި އެއްވިޔަސް ފޮނުވީ އަސްލު އިންސާނެއްތޯ ނުވަތަ އެންޖަލިކް ޝެރޯނެއްތޯ ބަލަން ބޭނުންވާނެއެވެ.

    ކިތަންމެ ދުވަހެއް ވިޔަސް އެންޖަލިކް ޝެރޯން ބޮލުތެރޭގައި ހީލަ ހީލާ އިނީތާއެވެ. ވަޒީރުކަން ކުރިޔަސް އެންލާޖު ސަފީރުކަން ކުރިޔަސް ރައީސްގެ ތަރުޖަމާނު ކަމުގައި އިނަސް ސިނކުޑީގެ ކޮންމެވެސް އެއްކަނެއްގައި އެންޖަލިކް ޝެރޯން ރަނިކަން ކުރާނީތާއެވެ. 15 ވަރަކަށް އަހަރު ކުރީގެ ކަމެއްވީމާ އެނގޭ ބަޔަކު ހަނދާން ނައްތާލިޔަސް އަމިއްލަ ސިކުނޑިން އެންޖަލިކް ޝެރޯން ނެރެ ނުލެވޭކަން އާރުޓީއައިގެ ކަންތަކުން އެކަނިވެސް ސާފުވެއެވެ. 

    މައުލޫމާތު ހޯދާ ލިބިގަތުމަށް ސަރުކާރަށާއި ރައީސް އޮފީހަށް އާރުޓީއައި ފޮނުވަނީ އަސްލު އިންސާނުންތޯ ބެލުމުގެ ވިސްނުން ތަރުޖަމާނަށް އަންނާނީ އެންޖަލިކް ޝެރޯން ބިރާއި ލަދު ހިތުން ފިލައިގެން ނުދާތީކަން ކަށަވަރެވެ. ބަޔަކު ދައްކާލި ފޭކް އެންޖަލިކް ޝެރޯން ފޮޓޯ ގަޑެއްގެ އަވާގައިޖެހި އައްޔާޝީވެވި ބަރަހަނާވެ އަބުރު ގެއްލޭ ވަރަށް އަތުފައިން ގޯސްހެދުނު މީހަކު އާރުޓީއައި ފޮނުވަނީ އަސްލު އިންސާނުންތޯ ބަލާ ވާހަކަ ދެއްކީމާ ހައިރާނެއް ނުވެއެވެ.  

    ]]>
    Thu, 07 May 2026 23:57:33 +0500 މުއާޒު
    އުސާމަށް: ގާނޫނުތައް އެބިއުސް ކުރަނީ ސަރުކާރުން https://heerasnews.com/4149 https://heerasnews.com/4149 އާރުޓީއެލް އެބިއުސް ކުރަންޏާ ކުރނީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އުޝާމު ބައިވެރިވާ ސަތުކާރުންނެވެ. ގާނޫނުގައި މުއްދަތުގައި އާރުޓީއައި ޖަވާބު ނުދިނުމާއި އެއްގޮތަކަށްވެސް މައުލޫމާތު ނުދީ ހިފެހެއްޓުމަކީ އެބިއުސް ކުރުމެވެ. މައުލޫމާތު ހޯދަން އެދުމަކީ އެބިއުސްކުރުން ކަމަށް ބަނޑާރަ ނައިބަށް ފެނުނިމާ ދައުލަތުގައި ގާނޫނީ ހުކޫމަތު ނުހިނގާ ކަމަށް އެއްބަސް ވެވުނީތާއެވެ.

    މައުލޫމާތު ހޯދާލިބިގަތުމަކީ ހިފެހެއްޓެއް ނެތް އަސާސީ ހައްގެކެވެ. މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ހަނިކޮށް އުޅޭ އެންމެ ކުޑަމިންވަރަށް ނޫނީ ގާނޫނަކުންވެސް ހަނިކުރެވެން ނުއޮންނަ އަސާސީ ހައްގެކެވެ. 

    މީޑިއާތަކާއި އަމިއްލަ ފަރުދުން ސަރުކާރުގެ އިދާރާތަކަށް މައުލޫމާތު ހޯދަން ހުށަހަޅަނީ ސަމާސާއަކަށް ނޫނެވެ. ކުރާނެ ކަމެއް ނެތިގެނެއްވެސް ނޫނެވެ. ބަޔަކަށް ޖެއްސުންކޮށް ސަރުކާރަށް ޖެއްސުން ކުރާކަށް ނެތީއެވެ.

    އާއްމު ފަރުދުން މައުލޫމާތު ހޯދާލިބި ގަތުމަށް އެދެނީ ޒާތީ ދިރިއުޅުމުގެ ރައްކާތެރިކަމާއި އަސާސީ ހައްގުތައް ކަށަވަރުކުރުމަށެވެ. މީޑިއާތަކުން މައުލޫމާތު ހޯދާ ލިބިގަންނަން މަސައްކަތްކުރަނީ މުޖުތަމަޢާއި ގައުމީ މަސްލަހަތުގައެވެ.  

    ދައުލަތުގެ ކަންކަމާ ހަވާލުވެތިބެ ހިތުހުރި ގޮތަކަށް ކަންކަން ކުރަމުން ކަމުންރެކެން ބަހަނާ ނުދައްކާށެވެ. ކޮންމެ ގާނޫނެއް ތިމާމެން ބޭނުންވާހާ ގޮތަކަށް މާނަކޮށް ބަދަލު ކުރުމަކީ ގާނޫނުގެ ވެރިކަން ކުރުމެއް ނޫނެވެ. ގާނޫނާއި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބޯނުލެނބެންޏާ ބަހަނާ ނުދައްކާ ފެއްސިގެން ދާށެވެ.

    ]]>
    Wed, 06 May 2026 19:22:10 +0500 މުއާޒު
    ފުލުހުން ހިންގާ އައިޝާ ތަހުގީގަކީ ގައިރު ގާނޫނީ ތަހުގީގެއް https://heerasnews.com/4145 https://heerasnews.com/4145 މީޑިއާ ތަކުން ގެނެސްދޭ ތަކެއްޗާ ގުޅިގެން އުފެދޭ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު ރާއްޖޭގައި އޮންނަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނަށެވެ. މީޑިއާ އަކުން ގެނެސްދޭ ކޮންޓެންޓަކާއި ގުޅިގެން ޝަކުވާ ހުށަހަޅަން ގާނޫނު ބުނަނީ ވެސް  މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނަކީ މީހަކު ކުރާ ޝަކުވާއަކާއި ނުލާވެސް އަމިއްލަ އިސްނަގައިގެން މީޑިއާތަކުގެ މައްސަލަ ބެލުމުގެ ބާރު އޮންނަ ބައެކެވެ. 

    ކޮންޓްރޯލު ކަމިޝަނަށް އެވަރަށް ގާނޫނުން ބާރުދީފައިވަނިކޮށް އެ ކޮމިޝަން ބައިޕާސްކޮށް ތަހުގީގީ އެހެން އިދާރާއަކުން މީޑިއާގުޅޭ އެއްވެސް މައްސަލައެއްް ބެލުމަކީ ގާނޫނާއި ހިލާފު ކަމެކެވެ. ގާނޫނުގެ ބާރު ކަނޑުވާލުމެވެ. 

    މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނަކީ ގާނޫނު ބުނާގޮތުން ތަހުގީގުކުރުމާއި ދައުވާކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ މިނިވަން މުއައްސަސާއެކެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނުގެ އިހުތިސާސްގައިވާ އެންމެހާ ކަންކަމަށް ފިޔަވަޅުއަޅާ ގޮތްނިންމާނީ އެ ކޮމީޝަނުންނެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނުން ބަލަމުންދާ މައްސަލައަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް އެދުމުން އެ ބޭނުންވާ އެހީތެރިކަމެއް ފުލުހުން ދިނުމަކީ މުޅިން އެހެން ކަމެކެވެ.

    އެހެން ކަމުން ދާދިފަހުން އަދަދު ނޫހުން ޝާއިއުކުރި "އައިޝާ" ޑޮކިއުމެންޓްރީ އާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްއާއި ފުލުހުންނާއި ކުރިމިނަލް ކޯޓުން އަމަލުކޮށްފައި ވަނީ ގާނޫނާއި ހިލާފަށެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނުން ކުރަންޖެހޭ ތަހުގީގެއް ކުރުމުގެ ކުރިން ޖިނާއީ ތަހުގީގެއް ފުލުހުން ފަށާ ކޯޓު އަމުރެއް ނެރުވައިގެން ނިއުސް އިދާރާ ބަލާ ފާސްކޮށް މުދާ އަތުލައިގެން ގެންދިޔަ ގެން ދިޔުމަކީ ކަނޑައެޅިގެން ހިންގި ޖަރީމާއެކެވެ.

    ޝާއިއުކުރި ކޮންޓެންތަކާ ގުޅިގެން ދަތުރު ފަތުރު ކުރުމުގެ ހައްގުން މަހުރޫމު ކުރުމައްޓަކާ މީޑިއާއެއްގެ އިސްވެރިންތަކެއްގެ ޕާސްޕޯޓު ހިފެހެއްޓި ހިފެހެއްޓުމަކީވެސް ގައިރު ގާނޫނީ ކަމެކެވެ. އެކަންކަން ވެގެންދަނީ މަގާމު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ރައީސް މުއިއްޒު ބަޔަކަށް ދިން އަނިޔާއަކަށެވެ. 

    މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އުފައްދާފައި ވަނީ ގާނޫނުގެ ތެރެއިން ހާއްސަ އިމްތިޔާޒު ތަކަކާއި ރައްކާތެރިކަމެއް ދޭންޖެހޭ ފަރާތަކަށް މީޑިއާތައް ވާތީ އެކަން ކަށަވަރު ކުރުމަށެވެ. ގާނޫނު އަސާސީގެ 27،28،29 ވަނަ މާއްދާގައި ބަޔާންކުރާ ހައްގުތައް ކަށަވަރުކޮށް ދިނުމުގެ ބޭނުމުގައެވެ. އާއްމު އުސޫލުން ތަހުގީގު ހިންގާ އަދަބުދެވޭ ބަޔަކަށް މީޑިއާތަކާއި ނޫސްވެރިން ވެއްޖެނަމަ މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަން މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮތުމުގެ ބޭނުމެއް ނެތެވެ.

    މީޑިޢާގައި ޝާއިއުކުރި ކޮންޓެންޓަކާއި ގުޅިގެން  މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓް ކޮމިޝަނުން ކުރާތަހުގީގެއްގެ ތެރެއިން ތިލަވާ ޖިނާއީ މައްސަލައެއް ވަކިން ބަލާ ފިޔަޅު އަޅަން އެ ކޮމިޝަނުން އެދިގެން ނޫން ގޮތަކަށް މީޑިއާއަކާއި މެދު ފުލުހުންނަށް ތަހުގީގެއް ނުހިންގޭނެއެވެ. ހިންގައިގެންވެސް ނުވާނެއެވެ. ގައިރު ގާނޫނީ ކަމެއް ކުރުމަށް ފުލުހުން އެދި ހުށަޅާ ކޯޓުއަމުރެއް ވެސް ކޯޓަކުން ދީގެން ނުވާނެއެވެ. ގައިރު ގާނޫނީ ކޯޓުއަމުރަކަށް ތަބާވުމަކަށް އެއްވެސް ފަރާތަކަށް ލާޒިމެއްވެސް ނުވާނެއެވެ. 

    ]]>
    Tue, 05 May 2026 14:00:17 +0500 މުއާޒު
    ނޫސްވެރިންނަށް ހައްގު ހޯދައިދޭން ނޫޅެ ކޮންޓްރޯލްކަމިޝަން އުވާލާ! https://heerasnews.com/4143 https://heerasnews.com/4143 ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމަށާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރިކުރުމަށް މަސައްކަތްކުރާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުގެ އަގުވަޒަންކުރާ ވާހަކަ ރައީސް މުއިއްޒު ނުދައްކަވާށެވެ. މުއިއްޒު ވެރިކަމުގައި މިވީ ދެއަހަރުބައިހާ ދުވަހަށްވުރެ ނޫސްވެރިކަމުގެ މިނިވަން ކަމަށް އަރައިގަތް ދުވަހެއް ރާއްޖޭގެ ނޫސްވެރިން ނުދެކެއެވެ.

    ނޫސްވެރިން ލައްވާ ދޮގު ވާހަކަ ވިއްކައިގެން ވެރިކަން ހޯދުމަށް ފަހު ނޫސްވެރިކަން އަޅުވެތިކުރަން ނުކުރައްވަނީ ކޮންކަމެއް ހެއްޔެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރައްކާތެރިކޮށް ކަށަވަރުކޮށް ދެއްވިއްޖެހެއްޔެވެ. ފޮރުވާނެ އެއްޗެއް ނުއޮންނާނެ ކަމަށް ވިދާޅުވެފައި އެއްވެސް އެއްޗެއްށް ހާމަކޮށް ދެއްވުނު ހެއްޔެވެ. 

    ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެއްބަސްވުންތައް ކޮބައިތޯއެވެ. ޗައިނާއާއި އެކުވެވުނު އެއްބަސްވުންތަކުން ބައެއް ފޮރުވީ ކީއްވެތޯއެވެ. ރަސްމާލެ ހިއްކަން ރާޖޫގެ ކުންފުންޏާއެކު ވީ އެއްބަސްވުން ކޮބައިތޯއެވެ. ވިޓޯލާއެކު ވެވުނު ބަންކަރިން އެއްބަސްވުމުގެ ހަގީގަތަކީ ކޮބައިތޯއެވެ. އާރުތީއައި ތަކަށް ޖަވާބުނުދީ ހިފަހައްޓަވަނީ މައުލޫމާރު ހޯދާލިބިގަތުމަށް ނޫސްވެރިންނަށް ފަސޭހައަކަށްތޯއެވެ. 

    ދޮންއަމަޔާ ބެލްކަންޏާއި އައިޝާ އާއިމެދު އަމަލުކުރެއްވީ، އަމަލު ކުރައްވަނީ ނޫސްވެރިކަމުގެ ހައްގު ފުރިހަމައަށް ދެއްވުމަށްތޯއެވެ. އޮތް މީޑިއާގެ ސެލްފްރެގިއުލޭޓްރީ ބޮޑީ އުވާލާ ކޮންޓްރޯލް ކޮމިޝަނެއް ހެއްދެވީ ކާކު ބިރު ގަންނަވަންތޯއެވެ. ތަކުރާރުކޮށް ރަޖިސްޓްރީ އައުކުރަން ޖައްސާ ފީނަގާ މީޑިއާތައް ޖުރުމަނާކޮށް ރަޖިސްޓްރީ ބާތިލުކޮށް އުވާލެވޭ ވަރަށް މީޑިއާތައް ބަނދެލީ މީޑިއާއަށް ކޮން ހައްގެއް ކަށަވަރު ކުރައްވަން ތޯއެވެ. 

    މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނެއް އޮއްވާ އެ ތަނުން މައްސަލަ ނުބަލުވާ ފުލުހުން ވައްދައިގެން އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށް އެނޫހުގެ އެތައް އާލާތެއް ފުލުހުންގެ ދަށަށް ގެންދިޔައީ ނުސްވެރިކަމުގެ ހިމާޔަތުގެ ކޮން ހަމައަކުންތޯއެވެ. އަދުގެ އެޑިޓަރުންގެ ޕާސްޕޯޓް ހިފަހައްޓާ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދާއިރު ކޮންޓްރޯލް ކޮމިޝަންގެ ބޭނުމެއް އެބައޮތްތޯއެވެ. 

    މިނިވަން އަދި މުސްތަގިއްލު ނޫސްވެރިކަމަކީ ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމަށާއި، ދެމެހެއްޓެނިވި ތަރައްގީއަށާއި، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަން އެނގިވަޑައިގަތީ އަދިކިރިޔާތޯއެވެ. ކޮންޓްރޯލް ކޮމިޝަންގެ އިމުގެތެރެއަށް އަތްގަދަ ކުރައްވައިގެން ތިޔަ ފާޑަށް ނޫސްވެރިކަމަކަށް އެއްބާރުލުން ދެއްވާކަށް އުޅުއްވާނެ ކަމެއްނެތެވެ. ކޮންޓްރޯލް ކޮމިޝަން އުވާލައްވާފައި އެހެން ކަމަކާ އުޅުއްވަން އިސްތިއުފާ ދެއްވާފައި ގެއަށް އަވަހަށް ވަޑައިގަންނަވާށެވެ،

    ]]>
    Mon, 04 May 2026 15:58:01 +0500 މުއާޒު
    ސަރުކާރުން ސްޕޮންސަރ ލިބެންޏާ މިނިވަންކަން ނެތަސް މީޑިއާ އޮންނާނީ ހަނު https://heerasnews.com/4140 https://heerasnews.com/4140 ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ރާއްޖޭގެ ގިނަ ނޫސްތައް އޮތީހަނެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ކިތަންމެ ދަށުގައި ރާއްޖެ އޮތަސް ހިރުވާތަން ކަހާލަންވެސް ގިނަ ނޫސްތައް ތިބީ ބިރުންނެވެ. ގިނަ ނޫސްތަކުން ހައްގުތައް ކަށަވަރު ކުރުމުގެ ވާހަކަ ނުދައްކާ ތިބީ ހައްގުތައް ކަށަވަރުވެ އިތުރުވެފައި އޮވެގެން ހެއްޔެވެ. ނޫނީ ސްޕޮންސަރތައް ކަނޑާލަފާނެ ކަމަށް ގެންފައި ތިބި ބިރެއްގެ ސަބަބުން ހެއްޔެވެ.

    ހަގީގީ ނޫސްވެރިކަމަކީ ސަރުކާރުގެ ވެރިންނާ އިދާރާތަކުން އާއްމުކުރަން ބޭނުންވާ ވާހަކައެއް ސަރުކާރުން ބޭނުންވާގޮތަށް ގެނެސް ދިނުން ހެއްޔެވެ. ސަރުކާރާ ވެރިންގެ އައިބުތައް ފޮރުވާ ފަސްއަޅާ ފޮޮޮރުވާ ދިނުން ހެއްޔެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ސަރުކާރު ރުއްސަން މަސައްކަތް ކުރުންހެއްޔެވެ. 

    ގާނޫނު އަސާސީ ލިބިދޭ މިނިވަންކަމުގެ ހައްގު އޭގެ އެންމެ ފުޅާމިނުގައި ކޮންމެ މީޑިއާއަކަށްމެ ބޭނުން ކުރެވެން ޖެހެއެވެ. ސަރުކާރުގެ މޫނުމަތި ރީތިކޮށް ސަރުކާރު ދިފާއުކުރުން މީޑިއާއެއްގެ އެޑިޓޯރިލް ޕޮލިސީއެއްކަމުގައި ބަލާ މީޑިއާތަކުން ގާނޫނު އަސާސީން ލިބިދޭ މިނިވަންކަމުގެ ތެރޭގައި އިމެއްނެތި އެކަން ކުރަންވީއެވެ. ހަމަ އެގޮތަށް ސަރުކާރަށް ފާރަވެރިވުން އެޑިޓޯރިއަލް ޕޮލިސީގައި ހިމަނައިގެން މަސައްކަތްކުރާ މީޑިއާތަކަށް ހިފެހެއްޓުމެއްނެތި އެފުރުސަތު ވެސް އޮންނަން ޖެހޭނެއެވެ. 

    ރާއްޖޭގައި ނެތިގެން އުޅުނީ އެފުރުސަތެވެ. ސަރުކާރަށް ފާރަވެރިވާ އެއްވެސް މީޑިއާއަކުން މީހެއްގެ އަބުރާ ބެހެން ބޭނުން ވެގެނެއް ނޫޅެއެވެ. ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރާކަށްވެސް ނޫޅެއެވެ. ދޮގު ވާހަކަ ފަތުރައިގެން މީޑިއާއަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއް ކުރާކަށް ވެސް ނޫޅެއެވެ. 

    ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބި މީހުންގެ އަމަލުތަކަށް ފާރަވެރިވުމަކީ ގައުމީ ސަލާމަތާއި އާއްމު މަސްލަހަތަށްޓަކާ ޒިންމަދާރު ކަމާއެކު މީޑިއާތަކުން ކުރަންޖެހޭ ކަމެކެވެ. ސަރުކާރުން ދޮގުކުރާހާ ކަމަކީ ތެދު ނޫންކަން ދުނިޔެ ތަޖުރިބާކޮށްފައިވެއެވެ. މަގާމުގެ ނާޖާއިޒު ފައިދާ ނުނަގާ ނަމަ އެންޓިކޮރަޕްޝަން ކޮމިޝަނެއް ހަދައިގެން ދައުލަތުން އެކަމަށް ހަރަދުކުރުމުގެ މާނައެއް ނެތެވެ. ވަގުން ވައްކަން ކުރަމުން ކުރާވައްކަމަށް އެއްބަސް ވޭހެއްޔެވެ. ނުވެއެވެ. 

    ޒިންމަދާރު ނޫސްވެރިކަމަކީ ދައުލަތުގެ ކަންކަން ގޯހުން ގޯހަށް ދިޔުމުގެކުރީ ފާރަވެރިވެ ރައްޔިތުންނާ ހަމަޔަށް ތިލަކުރުމެވެ. ސިއްރިޔާތުގައި ވެރިން ހިންގާ ހުރިހާ ބާވަތެއްގެ ޖަރީމާގެ ވާހަކަ ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމެވެ. މީހަކު ރައްޔިތުންގެ ކަމަކާ ހަވާލުވުމުން އެ މީހެއްގެ އަމަލުތަކަށް ރައްޔިތުން ފާރަވެރިވާނެއެވެ. 

    ހަނދާނަށް ގެންނާށެވެ. ރާއްޖޭގައި ފެންމަތިވި އެފްޕީއައިޑީގެ ހިޔާނާތުގެ މައްސަލަވެސް ފަޅާއަރުވާލީ ނޫސްވެރިންނެވެ. އޭރު އޮތް ސަރުކާރުން އެ ވާހަކަ ދޮގުކުރިއެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތްވެސް ބޭންކް މެނޭޖަރެއްގެ އެހީގައި ފަޅާ އަރުވާލީ ނޫސްވެރިންނެވެ. މައުލޫމާތު ފޯރުކޮށްދިން ބޭންކް މެނޭޖަރ ޖަލަށްލާ އެވާހަކަތައް އޭރުއޮތް ސަރުކާރުން ދޮގުކުރިއެވެ. އާހިރުގައި އެމްއެމްޕީއާރުސީ ހިޔާނާތްވަރުގެ ބޮޑު ހިޔާނާތެއް ތާރީހުގައިވެސް ހިނގިކަމަކަށް ނުވެއެވެ.

    ސަރުކާރުތަކުން ދޮގުކޮށް ފޮރުވަން އުޅޭ ކޮންމެ ކަމެއް އޮންނަނީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުން ބޮޑު ނުރައްކާތެރި ކަމަކަށް ވެފައެވެ. ސަރުކާރު ހިންގަން ތިބޭ މީހުން ގައުމީ ސަލާމަތޭ އަބުރޭ ދޮގެކޭ ކިޔައިގެން ފޮރުވަންއުޅޭ ކޮންމެ ކަމެއްގެ ފަހަތުގައި ބިޔަ ބޮޑު ޖަރީމާއެއް އޮންނަކަމީ ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ.

    ސަރުކާރަށް ފާރަވެރިވާ މީޑިއާތައް ދެކެ އެހާ ބިރެއް ގަންނަނީ އެހެން ވެގެންނެވެ. ކޮންޓްރޯލް ކޮމިޝަން ހަދައިގެން މީޑިއާތައް އޮބި އަޅުވަން އުޅެނީ ކުރާ ވައްކަމާއި ވާ ހިޔާނާތާއި ހިންގާ ފާހިޝް ކަންކަން ފޮރުވޭނެ ކަމަށެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ. 

    ]]>
    Mon, 04 May 2026 13:00:15 +0500 މުއާޒު
    ކިތަންމެ އޮޅުކޮށް އުޅުނަސް މިނިކާވަގު މިނިކާނެ! https://heerasnews.com/4139 https://heerasnews.com/4139 ވީގޮތްތަކެއްވެ އިއްޔެ ނިމިއްޖެއެވެ. މިއަދު އޮވެ ނިމޭނެއެވެ. ހޯދަން އޮތީ މާދަމާއެވެ. އިއްޔެ ވީގޮތުގެ މަތީގައި ހުއްޓި ނުތިއްބަސް އިއްޔެ ވީގޮތް ނޭނގި މާދަމާ ރަނގަޅެއް ނުކުރެވޭނެއެވެ.

    ކުށުން ހުސްވެގެންވާ އިންސާނަކު ނޫޅެއެވެ. އިންސާނާއަށް އެނގިގެންނާއި ނޭގި ގޯސް ހެދެއެވެ. ގޯސް ހަދައެވެ. ބޭނުންވާ ވަކިކަމެއް ހާސިލްކުރުމަށްޓަކާ ރާވައިގެން ގަސްދުގައި ގޯސްހަދާ މީހަކާ ފަހަރުގައި ގޯހެއް ހެދޭ މީހަކާ އުޑާ ބިމާހާ ތަފާތުވާނެއެވެ. މާދަމާއަށްޓަކާ އިއްޔެ ވީގޮތް އެގެންޖެހެނީ އެހެންވެއެވެ. 

    ކަމެއް ހަސިލުކުރުމަށްޓަކާ އިއްޔެވީ ކަންކަމަކީ ނުވާކަމަކަށް ނުހެދޭނެއެވެ. އެހެނެކޭ ކިޔާ އިއްޔެވީ ގޮތަށް މާދަމާ ހުރިހާކަމެއް ނުވެވެސް ހިނގައިދާނެއެވެ. އެކަމަކު ވަކި ގޮތަކަށް ކަންކަން ކުރަމުން އައި ބަޔަކު އެނޫން ގޮތަކަށް ކަމެއްކޮށްފާނެ ކަމަށް ގަބޫލުކުރެވޭނީ ކުރަމުން އައިގޮތާ ހިލާފަށް ކަންތައްތަކެއް ކުރީމައެވެ. 

    ރާއްޖޭގެ ސިޔާސީ ކަންކަން އެނބުރެމުން ސެނބުރެމުން ދާގޮތުން ސިޔާސީ ލީޑަރުންނަށް ކުރެވޭ އިތުބާރު މުޅިން ނެތިދިޔައީ އަމަލާ ބަހާ ދިމާނުވުން ހައްދުފަހަނަ އެޅީމައެވެ. ފެށުނީއްސުރެ ވަކި ގޮތަކަށް ކަންކަން ކުރާކަމަށް ގިނަ ބަޔަކު ގަބޫލުކޮށްފައި ހުންނަ މީހަކަށް އިތުބާރުކޮށް ވެރިކަން ދިނުމުން އޮތްބަޅަށް ނުދާ އެއްވެސް ވެރިއަކު ނުފެނުނެވެ. ވެރިކަން ލިބުމުން ކަންކަން ރަނގަޅުވާނެ ކަމަށް ހީކުރާ ހީކުރުން ވެގެން ދަނީ ރައްޔިތުންގެ ބޮލާފޮށާ އެކުމަކަށެވެ. 

    އެކެއްގެ ކިބައިގައި ހުރި ލިބަރަލް ވިސްނުމާއި ބިރަކާނުލާ މަޖާކުރުމާއި ހަރުދަނާ ކަމެއްނެތުމާއި އަމާޒު ލާހޫރުން ވެރިކަމަށް އައުމަކުން ބަދަލެއް ނުވިއެވެ. ނާޖާއިޒު ފައިދާ ހޯދުމާއި ހިޔާނާްތްތެރިވުމާއި އަތްގުޅި ނުކާވަރުގެ ބޮޑެތި ކަންކަން ހޯދައިގެން ބައަޅައިގެން ވައްކަން ކުރާކަމަށް މަޝްހޫރު މީހަކު ވެރިކަމަށް ގެނައިމާ ވީގޮތް ވެސް ދުށީމެވެ. ރިއެކްޓް ކުރުމުގައި ލަސް ދޫދިނުމުގައި ހިސާބެއްނެތް އެހާމެ މައިތިރި މީހަކު ވެރިކަމަށް ގެނައުމުން ވީގޮތް ފެނިއްޖެއެވެ. ބޮޑު އިލްމީ ފާހަކާއެކު ލައްވާލި ކޮންމެ ހިސާބަކުން ކޮރަޕްޝަނާއި ފަސާދަ ހިންގަމުން ދީން ވިއްކައިގެން ދޮގުހަދާ އުޅުނު މީހަކު މީހެއްގެ ހިޔަނީގައި ވެރިކަމަށް ގެނައުމުން ވާގޮތް ވެސް އެބަ ފެނެއެވެ.

    އެހެން ކަމުން މާދަމާއަށްޓަކާ ކާކަކީ ކާކުކަން އެގެން ޖެހެއެވެ. ކާކުކުރީ ކީއްކަން ވެސް އެނގޭން ޖެހެއެވެ. ކިތަންމެ އޮޅުކޮށް އުޅުނަސް މިނިކާވަގު މިނި ނުކާނެކަމަށް މިނިކާވަގަކާ އެކު މާދަމާ ހޯދަން އުޅެން ހެޔޮނުވާނެއެވެ. 

    ]]>
    Sun, 03 May 2026 16:07:46 +0500 މުއާޒު
    ދިވެހި ނޫސްވެރިންނަށް އަޅުގަނޑު ސެލިއުޓް ކުރަން: ރައީސް ސޯލިހު https://heerasnews.com/4138 https://heerasnews.com/4138 ދިވެހި ނޫސްވެރިންނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސެލިއުޓް ކުރައްވައިފިއެވެ. ނަޒާހަތްތެރިކަމާއި ސާބިތުކަމާއެކު ހަބަރުތައް ފޯރުކޮށްދޭ ދިވެހި ނޫސްވެރިންނަށް ރައީސް ސޯލިހު ސެލިއުޓްކުރައްވާ ކަމަށް ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.

    މިނިވަން ނޫސްވެރިކަމަކީ އަޅުގަނޑުމެންގެ ތަރުތީބުވަމުން އަންނަ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ފާހަގަ ކުރެއްވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ނޫސްވެރިކަމަށް ފާހަގަ ކޮށްލެވޭވަރުގެ މިނިވަންކަމެއް އޮތްކަން ފަހަގަ ކުރެއްވިއެވެ. 

    "އަޅުގަނޑުމެންގެ ސަރުކާރުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ 120 ވަނައިން 72 ވަނައަށް ކުރިއަށް ޖެހިފަ" ކަމަށް ވިދާޅުވިއެެވެ.

    ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް 120 އިން 72 ކުރިއަށް ޖެހުނު ޖެހުމަކީ އިހުލާސްތެރި މަސައްކަތުން ނަތީޖާ ނެރެވޭނެކަމުގެ ހެއްކެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 180 ގައުމުގެ ތެރެއިން 108 ވަަނައިގައެވެ.

    ރައީސް ސޯލިހު ވިދާޅުވީ "މިއަދު، ނޫސް އިދާރާތައް ބަލާ ފާސްކޮށް، އެޑިޓަރުން ދަތުރުކުރުން މަނާކޮށް، އަދި ހަގީގަތް ފޮރުވުމަށް ހަރުކަށި ގާނޫނުތަކުގެ ބޭނުން ހިފަމުންދާއިރު، ނޫސްވެރިން ކެރުމާއި ސާބިތުކަމާއެކު ދެމިތިބެންޖެހޭ" ކަމަށެވެ.

    ބިރުދެއްކުމަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

    ]]>
    Sun, 03 May 2026 14:27:13 +0500 މުއާޒު
    އެތެރޭގެ ހަސަދަވެރި ވާދައިގާ މުއިއްޒު މަތިން އެމްޑީޕީ ހަނދާންނެތިއްޖެ https://heerasnews.com/4126 https://heerasnews.com/4126 ކުރިއަށް އޮތީ އެމްޑީޕީގައި އެތެރޭގެ އިންތިހާބެކެވެ. ޗެއަރޕާސަނަކު ހޮވުމާއި ދާއިރާ މަޖިލިސްތައް ހޮވުމުގެ އިންތިހާބެވެ. ވާދަވެރިކަން ބޮޑެވެ. އެއްބަޔަކު އަނެއް ބަކަށް ކުށްހޯދުމާއި ކުށްދެއްކުމުގައި ތިބީ ފޫގަޅާފައެވެ. ކުށް ހޯދުމާއި ކުށް ދެއްކުމާއި ކުށްވެރި ނުކޮށް ވާދަވެރި ކެންޕޭނެއް ނުކުރެވެނީ ބާއެވެ. ގޮވާކުނި ފުޅައިން އިންތިހާބަށްފަހު އެކުގައި ގުޅިގެން މަސައްކަތް ނުކުރެވޭ ވަރަށް ކެންޕޭނު ވިހަ ވީމާ ގުޅިގެން ކުރެވޭނެ ސިޔާސީ މަސައްކަތެއް ނުއޮންނާނެއެވެ. މީގެ ކުރިންވެސް ކިތަންމެ ފަހަރަކު އެ ހިތި ތަޖުރިބާ ވަނީ ކުރެވިފައެވެ.

    އެމްޑީޕީގެ ފުރަތަމަ އިންތިހާބާއެކު ޕާޓީން ބާކީވެގެން ދިޔައީ ޑރ. ވަހީދާއި އޭނާގެ ފެކްޝަނެވެ. އެމްޑީޕީގެ އެންމެ ކުރީގެ ރައީސް އިބުރާ ފޭލިވެގެން ދިޔައީވެސް އެ މަގުންނެވެ. ފުރަތަމަ ރިޔާސީ ޕްރައިމަރީއާއިއެކު ޑރ. މުނައްވަރާއި އޭނާގެ ފެކްޝަން އެމްޑީޕީއާ ދުރަށް ޖެހުނެވެ. އަލްހާނު ފަހުމީއާއި އަލީ ވަހީދު މެން އޮއިކާށިތަކެއްހެން އޮޔާދެމެނީ އެހެން ކަމެއްވެގެނެއް ނޫނެވެ.  

    މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަން ނިންމަން އެކުގައި ގަދަކޮށް ނިކުތް ގިނަ މީހުން މައުމޫނާ ވާދަ ކުރަންވީއިރު އެމްޑީޕީއަކު ނެތެވެ. ޑރ. ވަހީދާއި އިބްރާއާއި ޑރ. މުނައްވަރު ފަދަ މީހުން ގިނަ ބަޔަކާއެކު އެމްޑީޕީން އެކަހެރި ވީއެވެ. މައުމޫނާ ވާދަ ކުރަން ނިކުތް ފުރަތަމަ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީގެ ފުރަތަމަ ރައީސް އިބުރާވެސް އެމްޑީޕީއާއި އެއްގޮތަށް މައުމޫނާ ރިޔާސީ އިންތިހާބުގައި ވާދަ ކުރިއެވެ. ގަނޑުކޮށް ބޮޑުކޮށް އޮވެ މައުމޫނު ވައްޓާލަން ނިކުތް އެމްޑީޕީ މައުމޫނާ ވާދަކުރަން ޖެހުނު އިރު އެތެރޭގެ އިންތިހާބުތަކުގެ ޒަހަމުގައި އޮތީ އަމިއްލައަށް ކޮށާ ކުޑަކޮށްލާފައެވެ.

    2008ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނީ އެތެރޭގެ އިންތިހާބީ ކޯޅުމުގައި ލިބުނު ޒަހަމުންނެވެ. އެމްޑީޕީގެ ރަންޒަމާނުގައިވެސް އެހެން ބަޔަކާ ކޯލިޝަން ނުހަދާ ވެރިކަމަށް ނާދެވުނީ އެތެރޭގެ އިންތިހާބު ތަކުގައި ކަށިހަފާ ކެއުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 

    2023 ވެސް އެމްޑީޕީއަށް ގެއްލުނު މައިގަޑު އެކަމެއްގެ ގޮތުގައި އެތެރޭގެ ގަޑުބަޑު ބޮޑުވެ ޗެއަރޕާސަން އިންތިހާބުގައި ފައްޔާޒާއި އިމްތިޔާޒް ފަހުމީގެ ކެންޕޭނު ދިޔަލެއް ހުތުރުވުން ފާހަގަ ކުރެވެއެވެ. 2023 ގެ ރިޔާސީ ޕްރައިމަރީގެ ބޮޑު ޑެމޭޖު އެމްޑީޕީއަށް ވެރިކަން ދިފާއު ނުކުރެވުމުގެ ސަބަބަށް ނުވެނުދާނެއެވެ. 

    މާޒީގެ ތަޖުރިބާއަށް ބަލާ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ކާމިޔާބު ކުރުމަށްޓަކައި އެކުގާ މަސައްކަތް ނުކުރެވޭ ވަރަށް ކުށްދެއްކުމާއި ކުށްވެރިކުރުން ހުއްޓާލަން ޖެހެއެވެ. އެތެރޭގެ ކޯޅުންގަނޑު ބޮޑުވެ ޕާޓީން ބޭރަށް ހުޅުފަޅައިގެން ގޮސް ދުރުތިބީން ހުޅުގަނޑަށް ތެޔޮ އެޅޭ ވަރަށް ދިމާކުރީމާ ކަމަކުނުދެއެވެ. ސޯޝަލް މީޑިއާގެ އޮޅިތަކަކީ އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރާ ޕްލެޓްފޯމަށް ހެދުމުން ހުރިހާ ގެއްލުމެއް ލިބެނީ ޕާޓީއަށެވެ. އެތެރޭގެ ވާދަ ވެރިކަމާހެދި މުއިއްޒު މަތިން އެމްޑީޕީ ހަނދާން ނެތިއްޖެ ކަހަލައެވެ. 

    ]]>
    Thu, 30 Apr 2026 15:23:55 +0500 މުއާޒު
    ފަނޑިޔާރުގެއަށް އޮތްކަމަކީ ކޮށާމަށާ ގާނޫނުތަކުގައި ހަލާލު ސިއްކަޖަހާދިނުން https://heerasnews.com/4121 https://heerasnews.com/4121 އަޅުވެތިކަމަކީ ބޭރުގެ ބާރަކުން ގައުމެއް އަޅުވެތިކުރުމެއް އެކަންޏެއް ނޫނެވެ. ހުދުހުތާރު ވެރިއެއްގެ މުށުތެރެއަށް ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުގެއާއި މުޅި ދައުލަތް ދިޔުމަކީވެސް އަޅުވެތިކަމެވެ. ވެރިޔާ ވިދާޅުބަސްފުޅަކީ ގާނޫނުގެ ހުކުމް ކަމަށް ގައުމެއްގައި ވެއްޖެނަމަ އެގައުމެއް އެއޮތީ ބޭރުގެ އަޅުވެތިކަމަކަށްވުރެ ނުރައްކާތެރި އަޅުވެތި ކަމެއްގައެވެ.

    ރާއްޖެ މިއޮތީ އެހާލަތުގައި ނޫންކަމަށް ބުނާނީ ކިހިނެއްހެއްޔެވެ. ރައީސް މުއިއްޒުގެ ހުދުމުހުތާރުކަން ބޮޑުވެގެން ދިޔަދިޔައިނުން ރާއްޖޭގެ ދުސްތޫރީ ސްޕްރަމަސީ ގެއްލި ހިނގައްޖެއެވެ. މަޖިލީހުގެ މެންބަރުންނަކީ މުއިއްޒުގެ ގޮނޑިކޮއްކޮއަކަށް ވެއްޖެކަން މެންބަރުންގެ ގޮނޑިގެއްލޭ އިސްލާހާ ގުޅިގެން ސްޕްރީމް ކޯޓުން ނެރުވި ހުކުމުން މިއަދު ރީތިކޮށް ހާމަވެއްޖެއެވެ. 

    ރާއްޖޭގައި މިހާރު އޮތީކީ ހަމައެކަނި މުއިއްޒުގެ ގޮނޑިކޮއްކޮ މަޖިލީހެއް ނޫނެވެ. ރާއްޖޭގެ ސްޕްރީމް ކޯޓަކީވެސް މުއިއްޒުގެ ޕަޕެޓަކަށް ވީއެވެ. ދޮގު ތުހުމަތުތަކެއްކޮށް ސްޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރުން ތަކެއް ނެރެއުކާލީ މިއަދަށްޓަކައެވެ. ސްޕްރީމް ކޯޓުގައި ތިބި ގާބިލު ފަނޑިޔާތުންތަކެއް އުކާލާ ޕަޕެޓުންތަކެއް އަތުރާލައިގެން އިއްވި ހުކުމަކީ ތިންބާރު އެކުވެ މުއިއްޒުގެ މުށުތެރެއަށް މުޅި ގައުމު ހިނގައްޖެކަމުގެ ސާފުހެއްކެކެވެ.

    ހިތުހުރި ގޮތަކަށް ހިތުހުރިކަމެއް މުއިއްޒަށް މިހާރު ކުރެވިދާނެކަން ސައްތައިން ސައްތައަށް ޔަގީންވެ ނިމުނީއެވެ. ގާނޫނު އަސާސީއާއި ގާނޫނަކީ މުއިއްޒަށްވެ ނިމުނީއެވެ. ރާއްޖޭގައި މިހާރު އޮތީ ދުސްތޫރީ ސިޔާދަތުކަމަށް ގަބޫލު ކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ. ވަރުގަދަ ހުދުމުހުތާރު ވެރިއެއްގެ ގޮށްމުށު ބާރުގެ ދަށަށް ރާއްޖެ ހިނގައްޖެ ކަމާމެދަކު ބަހުސެއް ނެތެވެ. 

    ރައްޔިތުންގެ މަންދޫބުންނަކީ މުއިއްޒު ބޭނުންވާހާ ގޮތަކަށް ގާނޫނުތައް ކޮށާ މަށާދޭން ތިބޭ ވަޑިންގެ ގުރޫޕަކަށް ވެއްޖެއެވެ. ފަނޑިޔާރުގެ އޮތީ ކޮށާމަށާ ގާނޫނުތަކުގައި ހަލާލު ސިއްކަޖަހާދޭ ތަނަކަށް ވެފައެވެ. ލަދު ހަޔާތުގެ ކަންފުޅެއް ނެތެވެ.  

    ބަލަން ތިބޭށެވެ. ލަހެއްނުވެ ތަފާތު ރައުޔު ނެރުނު ފަނޑިޔާރު ސުޖޫނުގެ ގޮނޑިގެއްލޭނެއެވެ. ގާނޫނު އަސާސީގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ދާން ބުނެފައިވާ ކަންކަމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދައުރާގުޅޭ މާއްދާ އުނިކޮށްލާނެއެވެ. ރިޔާސީ ދައުރު ދަަންމާލާނެއެވެ. ރައީސް ހޮވާގޮތް ބަދަލުކޮށްލާނެއެވެ.

    ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރަކީ މުތުލަގަށް މަޖިލީހަށް އޮތް ބާރެއް ކަމަށް ފަނޑިޔާރުގޭން މިއަދު އެބުނީއެވެ. އޭގެ ނަތީޖާއަކީ ގާނޫނު އަސާސީއަށް ގެންނަ އެއްވެސް ބަދަލެއް ގޯސްވެގެން ދާނެތަނެއް ނެތިގެން ދިޔުމެވެ. ފަނޑިޔާރުގެ އަކުން އެޒާތުގެ އެއްވެސް މައްސަލައެއް ބެލުމުގެ އިހުތިސާސް ނެތިދިޔުމެވެ.  

    ]]>
    Wed, 29 Apr 2026 15:34:37 +0500 މުއާޒު
    އަދަދު ހުއްޓުވަން ދީނީކުލަ ޖެއްސިޔަސް އެލްސޯފާއެއް ނުފޮރުވޭނެ! https://heerasnews.com/4119 https://heerasnews.com/4119 މުއިއްޒު ބުނީމާ އެއްވާނަކަށް ވަޒީރުންނާއި މުސާރަވެރިންނާއި މަޖިލިސް މެންބަރުންނާއި ކުލީ ގަލަންތަކުން ދިފާއަށް ކުޅުނަސް އެލްސޯފާ ވާހަކަ ދެން ހިންދައެއް ނުލެވޭނެއެވެ. ކޮންމެ މީހަކު ނިކުމެ ނޫސްވެރިކަން ކުރަންވީ ގޮތް ކިޔާދޭއިރު ހީވަނީ ނޫސްވެރިކަން ގިރައިގެން ބޮއެގެން ހުންނަ ހެންނެވެ. 

    ނޫސްވެރިކަމަކީ ސަރުކާރުން ބޭނުންވާ ވާހަކަ ބޭނުންވާ ގޮތަށް ދައްކަދޭން އޮތް ކަމެއްކަމަށް ހީވަންޏާ އެހެން ވެދާނެއެވެ. ކަމެއްގެ ތުހުމަތު މީހަކަށް ކުރުމުން އެކަން ދޮގުކުރުމަކީ އެކަން ނުހިނގުމެއް ނޫނެވެ. ވަގަކު ވައްކަން ކުރިކަމަށް ތުހުމަތުކުރާ ކޮންމެ ފަހަރަކު ލޮލުން ބޮލުން އެކަމަށް އެއްބަސްވޭހެއްޔެވެ. މަދުންނޫނީ ވަގަކު ވައްކަމަކަށް އިއުތިރާފެއް ނުވާނެއެވެ. 

    މުއިއްޒު އޭނާގެ އޮފީހުގެ މުއައްޒަފަކާއެކު ދައުލަތުގެ އެންމެ މަތީއޮފީހުގައި ޖިންސީ ގުޅުން ހިންގިކަމަށް ބުނެފައިވަނީ އަދަދު ނޫހަކުން ނޫނެވެ. އަދަދު ނޫހަށް އެ މައުލޫމާތު ދިނީ ސީދާ މުއިއްޒު ގުރޫމް ކުރިކަމަށް ބުނާ އަންހެނާއެވެ. އޭނާގެ މުޅި ވާހަކަ ރިޕޯޓެއްގެ ގޮތުގައި ގެނެސް ދިނުން އެއީ ނޫސްވެރިކަމުގެ މިންގަނޑުން އަދަދަށް ނުކުރެވޭނެ ކަމެއް ނޫނެވެ. 

    ދައުލަތުގެ އެންމެ މަތީވެރިޔާއާއި ގުޅޭ އެފަދަ ދަށްފެންވަރުގެ ވާހަކައަކީ ކިތަންމެ ބޮޑު ހަގީގަތަކަށް ވިޔަސް އެކަމަށް އެއްބަސް ނުވާނެކަމީ ޝައްކެއް ނެތް ކަމެކެވެ. އެއްބަސް ވިޔަސް ނުވިޔަސް އެވާހަކަ އެނގޭ ހިސާބުން އެނގުނު ގޮތަކަށް އެ ވާހަކަ ނުދައްކައެއް އެކަކުވެސް ނުހުންނާނެއެވެ. 

    ވެރިންނާ ގުޅޭގޮތުން ހިންގާ ތަހުގީގީ ނޫސްވެރިކަމަކީ އާރާބާރުގައި ތިބޭ ވެރިންނަށް ހަޖަމުވާނެ ކަމެއްނޫނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތްވެސް ފަޅާއެރީ ބޭންކު މެނޭޖަރަކު ނޫސްވެރިންނާ ހިއްސާކުރި މައުލޫމާތުތަކަކުންނެވެ. އޭރު އެ ވާހަކަ ސަރުކާރުން ދޮގުކޮށް މައުލޫމާތު ފޯރުކޮށްދިން ބޭންކް މެނޭޖަރ ލީޖަލަށެވެ. ކަންކަން ފޮރޮޅި ހާމަވެގެން ގޮސް އެންމެ ފަހުން އެމްއެމްޕީއާރުސީގެ ހިޔާނާތްވެގެން ދިޔައީ ރާއްޖޭގެ މުޅިތާރީހު ދުށް އެންމެ ބޮޑު ހިޔާނާތަށެވެ. 

    ރައީސް މުއިއްޒުގެ އެލްސޯފާ މައްސަލައިގެ އެންމެ ފުނަށް ނުގޮސް އެ ވާހަކަ އާއްމުކުރި މީހުންގެ އަނގަ ބަންދު ކުރުމަކުން ހަގީގަތެއް އޮޅުވައެއް ނުލެވޭނެއެވެ. އަތްއަޅާ ފޮރުވޭނީ އަތްތިލައިގެ ބޮޑުމިންހާ ތަނެވެ. ގަޒުފު ކުރަނީއޭ ކިޔައިގެން މާ ދީނީ ކުލަ ޖައްސައިގެން މުއިއްޒު ހިންގި ޖަރީމާއެއް ނުފޮރުވޭނެއެވެ. 

    އެލްސޯފާ މައްސަލައަކީ އަންހެނަކާއެކު މުއިއްޒު ހިންގައިގެން އުޅޭ ޒާތީ އަމަލަކަށްވުރެ މާބޮޑު ގައުމީ މައްސަލައެކެވެ. ރާއްޖޭގެ ވަލިއްޔުލްއަމުރު ޒާތީ ޖިންސީ އެދުންވެރިކަން ފުއްދުމަށް އެކަނިވެރިމަޔަކަށް ވަޒީފާދީ ބޮޑު މުސާރަދީގެން ގެންގުޅުނު މައްސަލައެކެވެ. މުސާރައިގެ އިތުރަށް ކޮންމެ މަހަކު ދައުލަތުގެ ފައިސާއިން 50000 ރުފިޔާ ދެމުން ގެންދިޔަ ހިޔާނާތުގެ މައްސަލައެކެވެ. އަންހެނަކު އެހެން މީހަކާ ލޯބީގެގޮތުން ގުޅެގެން އުޅުނަ ނުދިންނުމަށްޓަކާ އެކަނިވެރިމަޔަކަށް ބިރުދެއްކި މައްސަލައެކެވެ. ބާރު އޮތުމުން މިހާރު ގަދަކަން ދެއްކިދާނެއެވެ. އިންސާފު މުއިއްޒާ ވެސް އަރާ ހަމަކުރާނެއެވެ. 

    ]]>
    Tue, 28 Apr 2026 14:39:11 +0500 މުއާޒު
    ބައިބައިކުރާ އިންތިހާބަކަށްވުރެ މުއިއްޒުވެރިކަން ނިންމުން އެމްޑީޕީއަށް މުހިންމު https://heerasnews.com/4115 https://heerasnews.com/4115 މުއިއްޒުގެ ހުދުމުހުތާރު ވެރިކަމުގެ މަގުބޫލުކަން އެންމެ ކުޑަވެގެން ދިޔަ ވަގުތު މުއިއްޒަށް ޕްރެޝަރކުރަން ނޫޅެ އެމްޑީޕީން މިއުޅެން ފެށީ އެހެން ކަމަކާއެވެ. މި ވަގުތަކީ މުއިއްޒަށް ހުއްޓާނުލާ ޕްރެޝަރކޮށް އޭނާ ޖަވާބުދާރީ ކުރުވަން ލިބުނު އެންމެ ފަހި އެންމެ ފައްކާ ދަނޑިވަޅެވެ. 

    މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި ރައްޔިތުންގެ މަޖިލީހަށް އެ މީހުންގެ ގާނޫނީ ބާރު ބޭނުން ކުރުމުގެ ހިތްވަރުދީ ހަށިފޮޅާލާ ނިކުތުމަށް ވާގިވެރިވާންވީ ވަގުތަކީ މިއެވެ. ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާއާއި ގައުމީ ދިފާއީ ބާރަށް އެ މީހުންގެ ގައުމީ ވާޖިބު ހަނދާން ކޮށްދޭންވީ ވަގުތަކީ މިއެވެ. ރައްޔިތުން ގޮވައިގެން މަގުމައްޗަށް ނިކުމެ ބިޔަ ބޮޑު އިހުތިޖާޖެއް ކުރަންވީ މިހާރުއެވެ. 

    މުއިއްޒާ ދެކޮޅަށް ރައްޔިތުން ބަސްބުނި ވަގުތު ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީން މި ޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. މުއިއްޒުގެ ވެރިކަން ގާނޫނީ ހަމަތަކުމަތިން ނިންމަން އުޅުމަށްވުރެ އެމްޑީޕީއަށް މުހިންމު ވެގެން އުޅެނީ އެތެރޭގެ އިންތިހާބެވެ. ވަކިވަކި މީހުންގެ ގަޔަށް ހެޔޮވަރަށް ރިޔާސީ ޓިކެޓް ފަހަން އުޅޭ އުޅުމުން ރޫޅި ވެރެނީ އެމްޑީޕީއެވެ. ގެއްލެނީ ރައްޔިތުންގެ އުންމީދާ ކުރާ އިތުބާރެވެ. 

    ބޮޑެތި އިސްލާހީ ބަދަލުތަކަކާއެކުގައި ނޫނީ ކައިރިވާންނުވާ ވަރަށް ދިވެހި ދައުލަތް ހިންގުން ވަނީ ހަރާބުވެފައެވެ. ރައީސް މުއިއްޒު އާރާ ބާރުގައި ބަހައްޓައިގެން ރިޔާސީ އިންތިހާބަށް ދިޔުމުގެ ވިސްނުމަކީ މޮޔަ ވިސްނުމެކެވެ. އެޕްރީލްގެ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަކީ އަޅާނުލާ ދޫކޮށްލެވިއްޖެނަމަ މުއިއްޒު ބާރުވެރިވުމުގެ "ޓާނިންގ ޕޮއިންޓް" ކަމަށް ވުން ވަރަށް ގާތެވެ. ރިޔާސީ ޓިކެޓާހެދި އެމްޑީޕީއަކަށް އެކަމެއް ނޭނގެއެވެ. 

    ގުޅިގެން އެކީގައި ކުރިއަށް ގޮސް މުއިއްޒުގެ ވެރިކަން އަވަހަށް ނިންމުމަކީ އެމްޑީޕީއަށާއި ގައުމަށް އެންމެ ރަނގަޅު ގޮތެވެ. ފައިދާ ބޮޑު ގޮތެވެ. އެމްޑީޕީގެ ކުރިމަތީގައި އޮތް އެތެރޭގެ އިންތިހާބަކަށް ތަޅާ ފޮޅުމަށްވުރެ އެއްވާނަކަށް ނިކުމެ މުއިއްޒު ޖަވާބުދާރީ ކުރުވުން އެމްޑީޕީގެ ކިބައިން ރައްޔިތުން އެދޭލެއް މާބޮޑެވެ. ރިޔާސީ ޓިކެޓަށް ފައިނަގައިގެން ތިބި ބަޔަކު އެބަޔަކަށް ފަހިވާގޮތަށް ޕާޓީގެ އޮނިގަނޑަށް މީހުން ސަވާރުކުރުވަން ޖަހާ ސަކަރާތް ނިމޭއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. ފަޅިފަޅިއަށް ފެޅި މޫނު ދިމާ ނިކުރެވޭ ވަރަށް ބައިބައިވެ މޫނުކެނޑިފައެވެ. 

    ގަނޑުކޮށް ބޮޑުކޮށް ގުޅިގެން ހުދުމުހުތާރު ވެރިކަމާ ކުރިމަތިލެވޭވަރު ހަކަތަ އެމްޑީޕީގައި ނެތި ވަކި ފެކްޝަނެއްގެ ނިގުލުގައި އެލިގެން ތިބެ ވައިގެތެރޭގައި ނަށާކަށް ރައްޔިތުން މިހާރަކު ބޭނުމެއް ނޫނެވެ. ވަގުތީ ޗެއަރޕާސަނެއްގެ ފަހަތުގައި ވިޔަސް މުޅި އެމްޑީޕީ އެކަތިގަޑެއްގެ ގޮތުގައި އޮވެ ވަގުތު ނަގާނުލާ މިހާރުން މިހާރަށް މުއިއްޒު ސަރުކާރު ސައިޒްކުރުން ރައްޔިތުން ބޭނުމެވެ. އެކަކު އަނެކަކަށް ފުޅަ ހުތުރު ގޮވާ ބައިބައިކުރާ އިންތިހާބަކަށްވުރެ މުއިއްޒުވެރިކަން ނިންމަން އެއްވާނެއްގައި މަސައްކަތް ކުރުން އެމްޑީޕީ މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް މިވަގުތު މާ މުހިންމެވެ. 

    ]]>
    Mon, 27 Apr 2026 13:44:46 +0500 މުއާޒު
    ޝުޖާއަށް: 925 މިލިޔަން ދެއްކުނީ މުއިއްޒުގެ މޮޅު ކަމަކުންނޫން https://heerasnews.com/4113 https://heerasnews.com/4113 ކަންކަން ނުކުރެވި ދެއަހަރު ފާއިތުވުމުގެ ބަހަނާއަކަށް ދަރަނީގެ ވާހަކަ ނުދައްކާށެވެ. ވެރިކަމަށް އައުމުގެ ކުރީންވެސް 2026 ވަނަ އަހަރުގެ އެޕްރީލް މަހު 1 ބިލިޔަނަށް ވުރެ ގިނަ ޑޮލަރ ދަރަނީގެ ގޮތުގައި ދައްކަން ޖެހޭނެކަން އެނގޭނެއެވެ.

    ފެހި ސިގްނަލްތައް ދިއްލިފައި އޮވެގެން ވެރިކަމަށް އައި ބަޔަކު 925 މިލިޔަން ޑޮލަރގެ ދަރަނި ދައްކައިފީމޭ ކިޔަން ލަދެއް ނުގަނޭހެއްޔެވެ. ބަލަގަ ތިޔަ ބުނާ 925 މިލިޔަނެއް ދެއްކުނީ ކަލޭމެންގެ މޮޅުކަމަކުން ނޫނެވެ. ކަލޭމެން އައުޓްކުރަން އުޅުނު އިންޑިއާގެ ހެޔޮކަމުންނެވެ. ދިވެހި ރައްޔިތުންނާއި އިންޑިއާ ރައްޔިތުންނާ އޮތް ގާތް ގުޅުމުގެ ސަބަބުންނެވެ. 

    500 މިލިޔަން ޑޮލަރުގެ ސްކޫކް ދެއްކުނީ އިންޑީއާ އިން 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވެޕް ފެސިލިޓީއެއް އޮތީތީއެވެ. ގައުމުގެ ރިޒާވްގެ ފޫކަހާލައިގެން ވެސް ސްކޫކް ދައްކަން ހަމަ ކުރެވުނީ އެންމެ 100 މިލިޔަން ޑޮލަރު ނޫންހެއްޔެވެ. އަނެއްކޮޅުން އެޕްރީލް 23ގައި ދައްކަން އޮތް 400 މިލިޔަން ޑޮލަރު ތިޔަ ދެއްކުނީ ރިޒާވްގައި ބާކީ އޮތް 80 މިލިޔަން ޑޮލަރާއި އިންޑިއާއިން ދަރަނި ދައްކަން ދިން 320 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވެޕްގެ ފައިސާކޮޅު އެއްކޮށް ދީގެން ނޫން ހެއްޔެވެ. އަންނަ އަހަރުގެ މެއި މަސް އަންނަން ވާއިރަށް އެ 320 މިލިޔަން ޑޮލަރ ދެއްކޭނެ ގޮތެއް ހޯދޭތޯ އުޅެބަލާށެވެ. 

    މަތިހަށި ނަގާފައި ދަރަނި ދައްކަނީއޭ ކިޔާއިރު އަބޫދާބީ ފަންޑަން މި މަހު ދައްކަންޖެހޭ 100 މިލިޔަން ޑޮލަރު ވެސް ރޮއިހޭރިގެން 2031އަށް ދެއްކުން ލަސްކުރީމާ ދަރަނި ދެއްކުނު ކަމަށް ވޭހެއްޔެވެ. ދައްކަންޖެހޭ ބޮޑެތި ލޯނުތައް އޮއްވާ ތިމަންނާމެންނަކީ މާގަދަ ބައެކޭ ލޯނުދައްކަން އެއްވެސް ހުރަހެއް ނެތޭ ކިޔައިގެން ވެރިކަމަށް އަރާތިބެ ތިޔަ ދައްކަނީ ކޮންހާ ލަންބާ ޗޯޅާ ވާހަކައެއް ހެއްޔެވެ. 

    ވެރިކަމަށް އަރާ އިންޑިއާ ޖެހިގަތްގަތީނުން ރާއްޖޭގެ ޓޫރިޒަމަށް އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުންދީ ޑްރޯނާއި ހަތިޔާރުގަނެ ވަޒީރުންނަށް 20 ކާރުގަނެ، ޓެކްސީ ލައިނުގެ ނަމުގައި 150 ކާރު ގަންނަން ލިބުނު އާމްދަނީ ބައެއް ތަޅާލީ ފޯރާފާ ދިގުވެގެން ނޫން ހެއްޔެވެ. ބައިހަދާފައި ވެރިންގެ ޓީމުތައް ފަސްޓް ކުލާހުގައި ދުނިޔޭގައި އުދުހުނީ އެއްވަނަ ދުނިޔޭގެ ގައުމަކަށް ވެގެން ނޫން ހެއްޔެވެ. ރަސްމާލެ ހިއްކަން އެތައް މިލިޔަން ޑޮލަރެއް އުކާލީ ކާކު ބުނެގެން ހެއްޔެވެ. ދުނިޔޭގެ އެތައް ގައުމެއްގައި އެންބަސީ ބަހައްޓައިގެން އައުވާނުން އަޅާ ފުރައިގެން ކޮންމެ މަހަކު އެތައް މިލިޔަން ޑޮލަރެއް އިސްރާފުކުރަނީ ގޮތެއް ފޮތެއް ނެތީމައެވެ. 

    2 އަހަރު ބައި ވަންދެން ތަރައްގީ މަޝްރޫއުތައް ނުހިންގާ ދަރަނި ދެއްކީއޭ ކިޔައިގެން ބާރަށު ޝުޖާއުމެން އަނގަދިޔާ ކުރަނީ ކާކަށް ކޮންއެއްޗެއް އޮޅުވާލަން ހެއްޔެވެ. ވައިބާރު ދުވަހެއްގައި އަރުވާފައި އޮތް ރާރާ ގުޑިއެއްހެން އަޑުގޮއްވިޔަސް ކުރާ ވައްކަމާއި ދަވާލާ ދަވާލުމަށް ރައްޔިތުން ބުނަނީ ނޫނެކޭކަން ގަބޫލުކޮށް ތިޔަ ބުނާ ޕީއެންސީގެ ހަގީގީވެރިކަން ދެން ކުރަން އުޅޫނެކަމެއް ނެތެވެ. 

    ]]>
    Sun, 26 Apr 2026 15:27:30 +0500 މުއާޒު
    ޑރ. ޝަހީމަށް: މުއިއްޒުގެ އަންހެން ވަޒީރު ބޭފުޅުންނަކީ ޖާހިލުންނޭތޯ! https://heerasnews.com/4109 https://heerasnews.com/4109 އިއްޒަތްތެރި އިސްލާމީ ކަންކަމާ ބެހޭ ވަޒީރެވެ. ގަޔަށްބާރު ހެދުންލުމާއި ކަނދުރާ ފެންނަ ގޮތަށް ބުރުގާ އެޅުމާއި ބުމަހެދުން ފަދަ ކަންކަމުގެ ވާހަކަ ނޫނީ ހުތުބާގައި ދައްކާނެ ކަމެއް ނެތް ވަރަށް މުޖުތަމައު އިސްލާހުވެ ނިމުނީހެއްޔެވެ. ނުވަތަ މަނިކުފާނު ހިމެނި ވަޑައިގަންނަވާ ވަޒީރުންގެ މަޖިލީހުގައި ތިޔަ ވިދާޅުވާ ގޮތަށް ޒީނަތްތެރިކަން ފާޅުކުރައްވާ ވަޒީރު ބޭފުޅުންނަށް ފާޑުވިދާޅުވާން ބޭނުން ކުރައްވާ ޕްލެޓް ފޯމަކީ ހުކުރު ނަމާދާއި ހުކުރު ހުތުބާކަމަށް ހެއްދެވީ ހެއްޔެވެ. 

    ހަމަގައިމުވެސް ރައީސް މުއިއްޒަކީ ދީން ކުރިއަށް ނެރުއްވި ނެރުއްވީނުން ދެ ފައިންޕުޅު ކައިރި ނުކުރެއްވިގެން އުޅުއްވާ ވެރިއެކެވެ. އިއްޒަތްތެރި އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ހިމެނި ވަޑައިގަންނަވާ މުއިއްޒުގެ ދީނީ ސަރުކާރުގައި ބަދަނުން ބުރިވާ ވަރަށް ގަޔަށް ބާރު ހެދުން ތުރުކުރައްވާ، ކަނދުރާއާއި ކަރުދޮށާއި ކަންފަތާއި ބޯ ހާޔަށް އޮންނަ ކަނބަލުން ވަޒީރުންގެ ގޮތުގައި ތިއްބެވުމަކީ ދީނީ މިންގަޑުން ކިހާވަރެއްތޯއެވެ. އާއްމު މީހާ ގަޔަށްބާރު ހެދުންލުމާއި ކަނދުރާ ފެންނަ ގޮތަށް ބުރުގާ އެޅުމާއި ބުމަހެދުން ޖާހިލުންގެ ކަމަކަށްވާއިރު އެ ވައްތަރުގެ ވަޒީރު ބޭފުޅުންނާއި ސަރުކާރުގެ އެކިވަރުގެ ވެރިން ފައްތަވާނީ ކޮން ކެޓެގަރީއަކަށްތޯ ޑރ. ޝަހީމު ވިދާޅުވެ ދެއްވަން ވާނެއެވެ. 

    އިސްލާމީ ދައުލަތެއްގެ އެންމެ މަތީވެރިޔާ އާއި ވަޒީރުންނާއި އިސްވެރިން މަތި މައްޗަށް ދޮގުހަދައިގެން ސުވަރުގެ ކަށަވަރުވާ ގޮތެއް އޮވޭތޯއެވެ. ރިޝްވަތޭ ނުކިޔަސް ފައިސާއާއި އެހެނިހެން މަންފާތައް ހޯދައިދީގެން މަޖިލިސް މެންބަރުން ގަތުމާއި މަގާމާ ނުފޫޒުގެ ބޭނުންކޮށްގެން ވަޒީފާ ބަހައިގެންނާއި ފައިސާ ބަހައިގެން ވޯޓުގަތުން ހަލާލުވާ ގޮތެއް އޮތިއްޔާ އެގޮތެއްވެސް ޝަހީމު ވާނީ ކިޔުއްވާ ދެއްވާށެވެ. 

    ރޭވިގެން ދައުލަތުން ވައްކަން ކުރުމާ ހިޔާތްތެރިވުމާއި އިސްރާފުކުރުމަށް ރައީސަށް އިހުތިޔާރު ލިބޭ ދީނީ ހަމައެއް އޮތިއްޔާ އެކަންވެސް އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ވިދާޅުވެ ދެއްވާށެވެ. އަނެއްކޮޅުން ދައުލަތު ނިޒާމުގެ ތެރެއިން ރިބާ ހުއްދަވާގޮތެއް ވާނީ ބުނެ ދެއްވާށެވެ. ރިޔާސީ ކޮޓަރިކޮޅުގައި އެލްސޯފާގައި އިދުގާމުކުރުން ހުއްދަވާ ގޮތްވެސް ވާނީ ކިޔާދެއްވާށެވެ. 

    ]]>
    Fri, 24 Apr 2026 16:36:52 +0500 މުއާޒު
    އަދުލުވެރި ދައުލަތަކަށްވުމަށް ކުރަންވީ އެންމެކަމެއް https://heerasnews.com/4107 https://heerasnews.com/4107 ދައުލަތް ހިންގުން ކޮންމެ ނިޒާމަކަށް ބަދަލުކުރިޔަސް ވާނެ މޮޅެއް ނެތެވެ. ދިގު ތިރީސް އަހަރުގެ ވެރިކަމަކަށް ފަހު މަލްޓި ޕާޓީ ނިޒާމުން ވެރިކަން ކުރާތާ މި ހިނގަނީ 18 އަހަރެވެ. 3 ބާރު އޮތީ ވަކި ކުރެވިފައިކަމަށް އެބަ ބުނަމެވެ. ނަން ހުސްކޮށް މިނިވަން މުއައްސަސާތައް އެބަހުއްޓެވެ. ކަންތައްތަކެއް ބަދަލުވިޔަސް ގިނަ ކަންކަން ރާއްޖޭގައި އޮތީ ބޮއްސުންލާފައެވެ.

    ކަންކަން ރަނގަޅު ނުވަނީ ރިޔާސީ ނިޒާމެއް އޮވެ ހައްދެއްނެތް މިންވަރަށް ރައީސްކަމުގައި ހުންނަ މީހާއަށް ބާރުތައް އޮތުމުންކަމަށް ބުނެވޭ އަޑު ގަދައެވެ. ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރާނަމަ އެހެން ނުވާނެކަމަށް ދެކޭ މީހުން މިހާރު މަދެއްނޫނެވެ. އެކަމަކު ނަމެއްގައި ނިޒާމު ރިޔާސީއަކަސް ހިނގާތީ ފެންނަނީ ބަރުލަމާނީ ގޮތްގަޑެވެ. ވެރިމީހާ އާއި ސަރުކާރު ކޮންޓްރޯލު ކުރަނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީންނެވެ. ވެރިކަމާއި މަޖިލިސް އޮތީ މިއަދުވެސް އެއްބައެއްގެ އަތުގައެވެ. ނަތީޖާއަކީ ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތަޢް މެޖޯރިޓީ ޕާޓީގެ އަތްދަށުވެފައި އޮތުމެވެ. 

    ދައުލަތް ފާލުން ނެއްޓިފައި އޮތްކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ޖަވާބުދާރީ ނުކުރެވިގެން ގޮސް އެކީ އެކައްޗަކަށް އަދުލުވެރިކަން އަރުއްވައި ގަތުމެވެ. ރައްޔިތުންގެ ބާރު މުޅީން ކެނޑުމެވެ. ރާއްޖޭގައި ޖަވާބުދާރީ ކުރުވުން ބޮއްސުންލައިގެން ގޮސްފައިވާ މިންވަރާމެދު ވިސްނާ ފިކުރު ކޮށްލާށެވެ.

    35 އަހަރު ވަންދެން އޭސީސީ އޮވެގެން ކޮރޮޕްޝަނާއި ފަސާދަ ނައްތާލެވުނު ހެއްޔެވެ. ސަރުކާރުގެ ތެރެއިން ޕީޖީ ވަކިކުރުމުން އިންސާފު ލިބޭހެއްޔެވެ. 1948 ވަނަ އަހަރުއްސުރެ ރާއްޖޭގައި އޯޑިޓް އޮފީސް ހުރެއެވެ. އިސްރާފާއި ހިޔާނާތާއި މިސްމެނޭޖުކުރުން ހުއްޓުވުނު ހެއްޔެވެ. ހިއުމަން ރައިޓް ކޮމިޝަނެއް އޮވެގެން ލިބޭ އިންސާނީ ހައްގެއް ކަރާމާތެއް އޮވޭހެއްޔެވެ. އިލެކްޝަން ކޮމިޝަނަށް އިތުބާރު ކުރެވޭހެއްޔެވެ. 

    ދައުލަތުގެ ހަމަ ހިފަހައްޓަން ކުރަން އޮތް ކަމަކީ ނިޒާމު ބަދަލު ކުރުމެއް ނޫނެވެ. ކުރަން އޮތް ކަމަކީ ޖަވާބުދާރީ ކުރުވާ ގުނަންތައް ނަމުން މިނިވަން މުއައްސަސާ ކިޔުމުގެ ބަދަލުގައި ހަގީގީ މާނައިގައި މިނިވަންކުރުމެވެ. މިނިވަން މުއައްސަސާތައް މިނިވަން ކުރަން ކުރަން އޮތް ކަމަކީ މަޖިލީހުގެ މެޖޯރިޓީން މެންބަރުން ވައްދާ ވަކިކުރަން އޮންނަ އޮތުން ބަދަލުކުރުމެވެ. އުމުރު ކަނޑައެޅިގެން ރައްޔިތުން އިންތިހާބު ކުރާ ބަޔަކަށް މިނިވަން މުއައްސަސާތައް ހެދުމެވެ. ދައުރު ހަމަ ވުމުގެކުރިން އެއިން މެންބަރަކު ވަކިކުރެވޭނެ ހަމައެކަނި ގޮތަކީ ޝައްކެއްނެތް މިންވަރަށް ކުށެއް ސާބިތުވެ ހުކުމެއް އައުމެވެ. އޭރުން ސިޔާސީ ޖަޒްބާތުގައި ނަގާ އެއްލައިލަފާނޭ ކަމަށް އޮންނަ ބިރުފިލާ މުއައްސަސާ މިނިވަން ކަމާއެކު ހިނގައި ގަންނާނެއެވެ. 

    މުޅި ދައުލަތް ޖަވާބުދާރީކޮށް ފާލަށް އަޅުވަން އެއަށްވުރެ ވަކީން ފަހިމަގެއް ނުއޮންނާނެއެވެ. ހަމަ އެއާއިއެކު ފަނޑިޔާރުންނަކީވެސް ރައީސާއި މަޖިލީހުން ބޭނުންވުމުން ވަކިނުކުރެވޭ ބަޔަކަށް ހެދޭނެ ފޯމިއުލާއެއް ހޯދަންޖެހެއެވެ. 

    ]]>
    Thu, 23 Apr 2026 15:21:48 +0500 މުއާޒު
    ޒަރިޔަންދަށް: މުއިއްޒަށް ދަރަނި މެނޭޖުކުރަން ނޭނގުމުން ބައެއްގެ ބޮލަށްނުކަނޑާ https://heerasnews.com/4104 https://heerasnews.com/4104 އަޒާނާއި ޒަރިޔަންދު ނުބުންޏަސް ރާއްޖޭގެ ދަރަނީގެ ހާލަތު އެނގޭ މީހުން މަދެއްނޫނެވެ. އެ ކަމުގައި އަޒާންގެ ވާހަކައަށް ޒަރިޔަންދު ތާއީދުކުރުމަކުން ނުކުރުމަކުން ހާލަތަށް ބަދަލެއް ނާދެއެވެ. ރާއްޖޭގެ މިހާރުގެ ދަރަނީގެ ނުރައްކާތެރި ހާލަތަކީ ކުއްލިއަކަށް ކުރިމަތިވި ކަމެއް ނޫންކަން އެންމެނަށް ވެސް އެނގެއެވެ.

    ރާއްޖޭގެ ދަރަނީގެ ހާލަތަކީ 2019 ވަނަ އަހަރުން ފެށިގެން އުފެދެމުން އައި މައްސަލައަކަށް ހަދަން ކުރާ ވަކާލާތުން މައުމޫނާއި ނަޝީދާއި ޔާމީނު އިސްތިސްނާ ކުރެވޭނެ ކަމަށް ޒަރިޔަންދު ހީކުރަނީ ހެއްޔެވެ. ކޮވިޑް19 ގެކުރިން އޮތް ސަނީ ސައިޑް ބޮންޑްގެ ވާހަކަ ހަނދާން ނެތުނީ ހެއްޔެވެ. ރައީސް ސޯލިހު ވެރިކަމަށް އެރިގޮތަށް އަރާ ލޯނު ނަގައިގެން ދައްކަން ފުރަތަމަވެސް ޖެހުނީ ޔާމީނު ވެރިކަމުގައި ނަގާފައި އޮތް ސަނީ ސައިޑް ބޮންޑުކަން ނޭނގެނީ ހެއްޔެވެ. ނޫނީ އެނގޭކަމަށް ނުހެދީހެއްޔެވެ. 

    2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19 ގެ ބަލިމަޑުކަމަކީ ގޮންޖެހުންތަކުން ފުރިގެންވި ދަތި ހާލަތެއް ކަމާއި ދައުލަތަށް ލިބޭ އާމްދަނީ ވަރަށް ބޮޑަށް ދަށަށް ދިޔަކަމާއި ކުއްލި މާލީ އެހީތެރިކަމަށް ބޭނުންވި ކަމަށް އެއްބަސްވާއިރު ދަރަނި އިތުރުވަމުން ދިޔަ މިންވަރު ކޮންޓްރޯލް ނުކުރެވުމުގެ ޒިންމާ ވަކިބައެއްގެ ބޮލަށް ކަނޑާލަން ނޫޅޭށެވެ. ސަރުކާރުގެ ހަރަދު ބަރަދު ތަރުތީބުކޮށްގެން ހިންގާން ނޭނގޭ ބަޔަކުވެރިކަމުގައި ތިބެ ކަންކަން އަތަށް ގޮއްވާލުމުން ކުރީން ވެރިކަން ކުރިމީހުން މާލީ ގޮތުން އެކަށީގެންވާ ނަތީޖާއެއް ނުލިބޭ ނުވަތަ ނަތީޖާ ލަސް، ބޮޑެތި ހަރަދުތައް ކުރިއްޔޭ ކިޔައިގެން މިހާރު ވާހަކަ ނުދައްކާށެވެ. 

    ކޮވިޑްގައި ސަރުކާރުން އެންމެ މުއައްޒަފަކު ނުކަނޑައެވެ. މުސާރައިން ބައެއް އުންޏެއް ނުކުރެއެވެ. މަސައްކަތް ހުއްޓި އާމްދަނީ ބަންދުވި އަމިއްލަ މީހުނަށް ސަޕޯޓް އެލަވަންސްދީ ގައުމު ހުއްޓުނަނުދީ ހިފެހެއްޓިއެވެ. ރިސޯޓްތައް ބަންދު ކުރަން ޖެހުމުން އެ ތަންތާނގެ ކުލިފަސް ކުރިއެވެ. ގައުމު އިނދަނުޖެހި ބަނޑަށްނުޖެހި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ކުރިކަންކަމަކީ މާލީ ގޮތުން އެކަށީގެންވާ ނަތީޖާއެއް ނުލިބޭގޮތަށް ކުރެވުނު ކަންކަން ކަމުގައި ދައްކަން ނޫޅޭށެވެ. ރައްޔިތުންގެ ދެމެހެއްޓެނިވި އަސާސީ ހިދުމަތްތަކަށް ލޯނު ނަގައިގެން ހޭދަކުރުމަކީ އެކަށީގެންވާ ނަތީޖާއެއް ނެތްކަންކަމަށް ހަރަދުކުރުން ކަމަށްދެކޭ ބަޔަކު ގައުމުގެ ކަންކަމުގައި ބަސް ކިޔަން ނޫޅޭށެވެ. 

    ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާއާއި ބަނދަރު ހެދުމަކީ މާލީގޮތުން ލިބޭ ގެއްލުމެއް ކަމަށް ދެކެންޏާ ސަރުކާރެއް އޮތުމުގެ މާނައެއް ނެތެވެ. ރައްޔިތުންގެ ބޭސްފަރުވާއަށް އާސަންދައަށް ހޭދަކުރުންވެސް ގޮފަޅު އޮޑިޓަރުންނަށް ފެންނާނީ މާލީ މަންފާއެއް ނެތް ބޭކާރު ކަމެއްގެ ގޮތުގައެވެ. 

    އެއް ސަރުކާރުން އަނެއް ސަރުކާރަށް ވާރުތަވާ ކަންކަން ރޭވުންތެރިކަމާއެކު މެނޭޖުކުރަން ނޭގުމަކީ ކުރިން އޮތް ސަރުކާރުތަކުގެ މައްސަލައެއް ނޫނެވެ. މަތިހަށި ނަގާފައި ވެރިކަމާ ހަވާލުވަނީ ރައްޔިތުންނަށް މޮޅާއި ރަނގަޅާއި ލުއި ހޯދާދޭށެވެ. ދަރަނި މެނޭޖްކުރާނެ ގޮތް ނޭނގި ލާހޫރޭ ސަރުކާރެއްގައި ރައްޔިތުންނަށް އިހުސާސްނުވާގޮތަށް ދަރަނީގެ ބުރަ ހައްލުކުރުމުގެ ގާބިލުކަމެއް އެއްގޮތަކަށްވެސް ނުހުންނާނެއެވެ.                   

    ]]>
    Wed, 22 Apr 2026 14:00:17 +0500 މުއާޒު
    ހައްގުނޫން މަންފާ ހޯދާދިނުމާއި ހިޔާނާތުގެ ކުށުގައި މުއިއްޒު ހައްޔަރު ކުރަންޖެހޭ https://heerasnews.com/4103 https://heerasnews.com/4103 ކެމްޕޭނުތަކުގައި ސަރުކާރަށް ތާއީދުކޮށް ވޯޓު ހޯދުމަށް ސިޔާސީ މަގާމުތަކާއި އެސްއޯއީތަކުން އެކިވަރުގެ ވަޒިފާ ދޭކަމީ ދޮގު ނުކުރެވޭނެ ހަގީގަތެކެވެ. ބޮޑެތި އާއިލާތަކާއި ވަކިވަކި ގްރޫޕްތަކާއި ގޭންގްތަކާއި ޖަމާއަތްތަކުގެ ވޯޓު ކޮންޓްރޯލް ކުރުމަށްޓަކައި ވަޒީފާ ބެހުމުގެ ސަގާފަތެއް ޕާޓީ ނިޒާމާއެކު ރާއްޖޭގައި ވަނީ އަށަގެންފައެވެ. 

    ރައީސް މުއިއްޒަކީ އެކަމަށް އަރާހުރި މީހެކެވެ. މުއައްޒަފުން ނަގަނީ ކެމްޕޭނަކާ ގުޅުވައިގެން ނޫން ކަމަށް ތަކުރާރުކޮށް މުއިއްޒު ވެސް ބުނެއެވެ. މި އަހަރުގެ މާރިޗު މަހުގެ 30 ގައި ވެސް މުއިއްޒު އެހެން ބުނެފައިވެއެވެ. އެހެނެއްކަމަކު ކަން ހިންގަނީ ދިމާ އިދިކޮޅަށެވެ. 

    ކެންޕޭނު ޓީމުތަކާއި އެމްޕީންނާއި ރަށްރަށުގައި އޮންނަ ސްޓިއަރިންގ ކޮމެޓީތަކުން ބުނާހާ މީހަކަށް ސަރުކާރުގެ ކުންފުންނިތަކުން ވަޒީފާ ދިނުމުގައި ރައީސް މުއިއްޒުގެ ލަދެއް ހަޔާތެއް ނެތެވެ. ބަޔަކު ކިޔާފާނެ އެއްޗަކަށް ފަހުން ވެދާނެ ގޮތަކަށް ބެލުމެއްނެތި ހިފެހެއްޓުމެއް ނެތި ވަޒީފާތައް އޮއްސާލިއެވެ. ވަޒީފާއަށް އިއުލާނު ކުރުމެއް ފެންވަރެއް މެރިޓެއް ބެލުމެއް ނެތެވެ. 

    އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާ ގުޅިގެންވެސް އެތައް ބަޔަކަށް އަތްގުޅިނުކާވަރުގެ މުސާރައިގައި ވަޒީފާތައް ދީފައިވެއެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓު ކާމިޔާބުކުރުމަށްޓަކައި ސިޔާސީ މަގާމުތަކާއި އެސްއޯއީތަކުން ވަޒީފާ ދިނުމުގައި ތަނެއް ދޮރެއް ނުބަލައެވެ. 

    ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް މާތް ކަލާނގެ ގަންދީ ކޮށްގެން ހުރި ހުވާގެ މަތީންވެސް ހަދާނެއް ނެތެވެ. ވެރިކަމުގެ އާރާބާރު ގަދަކުރުމަށްޓަކާ ބުނިހާ މީހަކަށް ވަޒީފާދީގެން ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވީ ތިޔަހެންނަކުން ނޫނެވެ. މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ބަޔަކަށް ހައްގުނޫން ފައިދާތަކެއް މުއިއްޒު ވަނީ ހޯދާދީފައެވެ. 

    ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ފޭލިވުމުން މީހުންގެ ކުރި މައްޗަށް ނިކުމެ ހަމައެއް ލަމައެއްނެތި ވަޒީފާ ބަހަން ރައްޔިތުން ގަބޫލެއް ނޫނޭ ބުނަން ލަދުނުގަތްކަމެވެ. ދެން އެހެން އެކަމެއް ނުކުރާނަމޭ ބުނިއިރު، ކުރީން ކުރި ކަންތައް ހަލާލުވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. މާގާމުގެ ބޭނުންކޮށްގެން ބަޔަކަށް ހައްގުނޫން ފައިދާތަކެއް ހޯދާދިންކަމާއި ދައުލަތުގެ މުދަލާ ފައިސާއަށް ހިޔާނާތްތެރި ވީކަމަށް މުއިއްޒަށް އެ ވަނީ އިއުތިރާފުވެވިފައެވެ. އާއްމު ރައްޔިތުންގެ ކުރިމަތީގައި ކުށަށް އިއުތިރާފް ވުމުން ތަހުގީގުކޮށް ޝަރީއަތް ހިންގުންނޫން ކަމެއް ކުރާކަށްނެތެވެ.   

    ]]>
    Wed, 22 Apr 2026 12:17:14 +0500 މުއާޒު
    މިޑްޓާމް&އިލެކްޝަނުން މުއިއްޒު ސަރުކާރަށް ލިބުނީ F ރިޕޯޓެއް https://heerasnews.com/4096 https://heerasnews.com/4096 ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ޕީއެންސީއަށް ކަމަށް ބުނެ ބަޔަކު އެބަ މޭ ފުއްޕައެވެ. ނަތީޖާގެ ތަންތަންކޮޅު ނަގައިގެން ފޭކް ޕޯސްޓްތައް ހަދައިގެން ފޭލިނުވާކަން ދައްކަން އުޅުނަސް ބެލީމާ ހަގީގަތް އެނގޭނެއެވެ. ޕީއެންސީއަށް އެންމެ ގިނަ ވޯޓް ލިބިގެން އުޅޭ ވާހަކަ ދައްކާއިރު ހަގީގަތަކީ އެއީ ނޫންކަން ވަރަށް ބޮޑަށް ސާފުވެއެވެ. އެގޮތުން ޕީއެންސީއަށް 242319 ވޯޓް ލިބިގެން އުޅެނީ ކިހިނެތްކަން އެނގުމަކީ މުހިންމު ކަމެކެވެ. 

    އިންތިހާބުކުރެވޭ ހުރިހާ ދާއިރާއެއްގެ ހުރިހާ ގޮނޑިއަކަށް ޕީއެންސީން ވާދަކުރިއެވެ. އަނެއްކޮޅުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއަކަށް ވެސް ޕީއެންސީން ވާދަކުރިއެވެ. ކައުންސިލްގެ 665 ގޮޑިއަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއަކަށް ވެސް ޕީއެންސީން 665 ކެންޑިޑެޓުން ވާދަކުރިއެވެ. އެހެންކަމުން 242319 ވޯޓަކީ ޕީއެންސީން ވާދަކުރި 1330 މީހުނަށް ލިބުނު ވޯޓެވެ. 

    އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރީ 495 ގޮނޑިއަށް 495 މީހުންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 665 ގޮނޑިން އެމްޑީޕީން ވާދަކުރީ 417 ގޮނޑިއަށެވެ. އެހެން ކަމުން އެމްޑީޕީން އެ އިންތިހާބުގައި ޖުމްލަ ވާދަކުރީ 912 ގޮނޑިއަށް ޖުމްލަ 912 މީހުންނެވެ. 

    4 އެޕްރީލްގެ އިންތިހާބުގައި ޕީއެންސީން ވާދަކުރި މީހުންގެ އަދަދު އެމްޑީޕީން ވާދަކުރި މީހުނަށްވުރެ 418 ގިނައެވެ. އަނެއްކޮޅުން 1330 ގޮނޑިއަށް ވާދަކޮށްގެން ޕީއެންސީއަށް ކާމިޔާބުވީ އެންމެ 494 ގޮނޑިއެވެ. ވާދަކުރި ނިސްބަތުން އެއީ 37.14 އިންސައްތައެވެ. 37 ޕަސެންޓަކީ ފާސްވާ މިންގަޑެއް ނޫނެވެ. 

    އެމްޑީޕީން ވާދަކުރި 912 ގޮނޑީގެ ތެރެއިން 563 ގޮނޑި ކާމިޔާބު ކުރިއެވެ. ވާދަކުރި ނިސްބަތުން އެމްޑީޕީން ގޮނޑި ކާމިޔާބު ކުރި ނިސްބަތަކީ 61.73 އިންސައްތައެވެ. 

    ހަގީގަތް އެހެން އޮތް އިރު ޕީއެންސިޢަށް ލިބިގެން އުޅޭ ޖުމްލަ ވޯޓުގެ އަދަދު ވާދަކުރި ކެންޑީޑޭޓުންގެ ނިސްބަތުން ބޮލަކަށް ޖެހެނީ އެންމެ 182 ވޯޓެވެ. 214116 ވޯޓް ލިބުނު އެމްޑީޕީއިން ވާދަކުރި ކެންޑިޑޭޓުންގެ ނިސްބަތުން ބޮލަކަށް ޖެހެނީ 235 ވޯޓެވެ. 

    ދިން ވޯޓާއި ވާދަކުރި އަދަދާއި ކާމިޔާބުކުރި ގޮނޑިތަކަށް ބަލާ ރަނގަޅަށް ހިސާބު ޖެހީމާ ފެންނަން އޮތީ ޕީއެންސީ ބޮޑު ބައްޔަކުން ބަލިވިތަނެވެ. ދެރަ ނުވާން ކޮންމެ ވާހަކައެއް ދެއްކިޔަސް މިޑްޓާމް އިލެކްޝަނުގައި މުއިއްޒު ސަރުކާރަށް ލިބުނީ އެފް ރިޕޯޓެކެވެ.

    ]]>
    Mon, 20 Apr 2026 16:13:35 +0500 މުއާޒު
    މުއިއްޒަށް: ރައްޔިތުން އެމްޑީޕީއަށް ވޯޓުދިނީ މުއިއްޒު ބާލަން! https://heerasnews.com/4094 https://heerasnews.com/4094 މޭޔަރުކަމަށާއި ކައުންސިލަރުކަމަށާއި އަންހެނުން ކޮމެޓީތަކަށް ރައްޔިތުން އެމްޑީޕީ މީހުން ހޮވީ މުއިއްޒަށް އިތުބާރު ނުކުރާތީއެވެ. މުއިއްޒުގެ ވެރިކަމާ ރައްޔިތުން ދެކޮޅު ހަދާކަން އެންގުމުގެ ގޮތުންނެވެ. މުއިއްޒު ވެރިކަމުން ބާލަން ކުރެވެން އޮތް ކަމެއް ކުރުމަށެވެ. އެމްޑީޕީ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓުދިނީ މުއިއްޒު ހިންގާ ޖަރީމާތަކަށް ހިތްވަރުދީ އެކަމުގައި ބައިވެރި ވުމަކަށް ނޫނެވެ. މުއިއްޒުގެ ކިބައިން ގައުމާއި ރައްޔިތުން ސަލާމަތް ކުރުމުގެ ބޭނުމުގައެވެ. 

    ރައްޔިތުން ވޯޓުދީގެން ހޮވި އެމްޑީޕީ ކެންޑިޑޭޓުންގެ ކިބައިން ރައްޔިތުން އެދެނީ މުއިއްޒު ހިންގުވާ ޖަރީމާތަކުގެ އަޑު އުފުލުމަށެވެ. މުއިއްޒު ވާގިނައްތާލާފައިވާ މިނިވަން މުއައްސަސާތައް މިނިވަން ކުރަން ނިކުތުމަށެވެ. މުއިއްޒު ބްލެކް މޭލްކޮށްފައިވާ ރައްޔިތުންގެ މަޖިލިސް މިނިވަން ކުރުމަށެވެ. މުއިއްޒު ފަނޑިޔާރުގެއަށް އަތްބާނާ ބޭނުން ހުއްޓުވުމަށެވެ. މުއިއްޒު ބައިއަޅައިގެން ދައުލަތް ދަވާލާ ދަވާލުން ހުއްޓުވުމަށެވެ. 

    މުއިއްޒު ހުއްޓާނުލާ ހިންގާ ހުރިހާ ޖަރީމާތައް ހުއްޓުވަން ކުރެވެން އޮތްކޮންމެ ކަމެއް ކުރުމަށް ރައްޔިތުން ބޭނުންވެއެވެ. އިސްލާހުކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން ކުރުވަން ޑިމާންޑް ކުރުމަށް ރައްޔިތުން ބޭނުންވެއެވެ. ހުއްޓި ކުރިއަށް ނުކަނޑާހުރި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލާ އިންސާފު ގާއިމުކުރަން ބޭނުންވެއެވެ. ޖެހުނުތާކުން ޖެހުނު މީހަކު ދައުލަތް ވީދާ ނޮޅާ ކައި ހުސްކުރުން ހުއްޓުވަން ބޭނުމެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކޮންމެ މީހަކަށް ތަފާތުނުކޮށް ކަށަވަރު ކުރަން ބޭނުންވެއެވެ. އެމްޑީޕީން ސިލްސިލާ މުޒާހަރާތައް ކުރަން ފެށީ އެހެންވެއެވެ.

    އެމްޑީޕީން ސިލްސިލާ މުޒާހަރާތައް ކުރަން ފެށުމުން މުއިއްޒާއި އޭނާގެ އައުވާނުން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. މަގުމަތި ހަލަބޮލި ކުރަނިއްޔޭ އާއްމު އުދަގޫ ކުރަނިއްޔޭ ހަމަނުޖެހުން އުފައްދަނިއްޔޭ ކިޔައިގެން ބިރުން ތުރުތުރު އެބަ އަަޅައެވެ. ކައުންސިލްތަކަށް މެންބަރުން ހޮވީ މުޒާހަރާ ކުރާކަށް ނޫނޭކިޔާ މުއިއްޒު ދައްކާ ވާހަކަ ގަބޫލުކުރާނީ މުއިއްޒުގެ ހިޔާނާތްތެރި ސަރުކާރުން ބައިލިބޭ ބާރަށު ޝޫޖާއާއި ފަލާހު ކަހަލަ މީހުން އެކަންޏެވެ. ޕީއެންސީގެ ގިނަ މެންބަރުންވެސް އެތިބެނީ މުއިއްޒުގެ ކިބައިން ސަލާމަތް ނުވެވިގެން ކުރާނެކަމެއް ނެތިފައެވެ.

    ބޯހަރު މުއިއްޒުގެ ލާހޫރޭ ސަރުކާރު ހަމަމަގަށް އަޅުވަން ކުރަންޖެހިއްޖެ ކޮންމެ ކަމެއް ކުރުމަށް މެންބަރުންނާއި މޭޔަރުންނާއި ކައުންސިލަރުންނާއި އަންހެނުން ކޮމެޓީ މެންބަރުންގެ ކިބައިން ރައްޔިތުން އެދެއެވެ. މުއިއްޒާ ދެކޮޅަށް ސީދާ ހަރަކާތަށް ނިކުތުމަށް ރައްޔިތުން ބޭނުންވެއެވެ.

    އިދިކޮޅު ކެންޑިޑޭޓުންނަށް ވޯޓުދީގެން އެމީހުން ހޮވީ މުއިއްޒާ ދެކޮޅަށް ނިކުމެ މަގުތައް ފުރާލަން މަސައްކަތް ކުރުމަށެވެ. ރައްޔިތުން އިދިކޮޅަށް ވޯޓުދިނީ މުއިއްޒު އިސްތިއުފާ ދެން ދެން މުޒާހަރާ ކުރުމަށެވެ. ރައްޔިތުން އިދިކޮޅަށް ވޯޓްދިނީ މުއިއްޒު އިސްތިއުފާ ނުދީފިނަމަ ހިމޭން އިންގިލާބަކުން ވައްޓާލެވެންދެން ހުއްޓާނުލާ މަގުމަތީގައިތިބެ މުޒާހަރާކުރުމަށެވެ. 

    ]]>
    Sun, 19 Apr 2026 14:58:12 +0500 މުއާޒު
    އާސަންދައިން 200 މިލިޔަން އުނިކޮށް މުސާރަދޭން 478 މިލިޔަން ކޮށްލީއިތުރު https://heerasnews.com/4091 https://heerasnews.com/4091 ރައްޔިތުން އެންމެ ބޮޑަށް ބޭނުންވަނީ ބަލިވީމާ ބޭސްކޮށް އަވަސް ޝީފާ ލިބުމަށެވެ. ބޭސްފަރުވާގެ ހިދުމަތަކީ ދިރިހުރުމުގެ ހައްގު ކަށަވަރު ކޮށްދިނުމަށް ކުރަން ލާޒިމު ކަމެކެވެ. ރައްޔިތެއް ނެތި ވެރިކަމެއް ނުއޮންނާނެއެވެ. ދުޅަހެޔޮ އާބާދީއެއް ނެތި ތަރައްގީއެއް ނުވާނެއެވެ. ކެއިން ބުއިމަށް ފަހު މީހަކަށް އެންމެ ބޮޑަށް ބޭނުން ވާނީ ބޭސް ފަރުވާއެވެ. 

    ރައްޔިތުންގެ ބޭސް ފަރުވާއަކީ މުއިއްޒަށް މާ މުހިންމު ކަމަކަށް ނުވެއެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރީކިއު ދިގުވެ މަސް ދެމަސްވެ ދާއިރުވެސް ޑޮކްޓަރަށް ނުދެއްކިގެން އެތައް ބަޔަކު އެބަ މަރަށް ތެޅެއެވެ. އެހެނެކޭ ކިޔާފައި ރާއްޖޭން ކުރެވޭ ކަމަކަށް ވެގެން ބޭރަށް ދިއުމަށް އާސަންދައެއް ނުދެއެވެ.

    އަމިއްލަ ހޮސްޕިޓަލްތަކަށް ބޮޑު އަގުގައި ދައްކައިގެން ބޭސް ކުރެވެން ނެތް މީހާ ސަރުކާރު ހޮސްޕިޓަލަުން ޑޮކްޓަރަށް ދެއްކެންދެން މަސް ދެމަސް ވިޔަސް އޮންނަން ޖެހެނީ ފަރުވާނުކޮށެވެ. ފަރުވާ ނުކުރެވި ބަލީގައި ދިގުލައިގެން ގޮސް ފުރާނައަށް ނުރައްކާވާ ހިސާބަށް ބަލިހާލު ބޮޑުވަމުން ދަނީ އެ ގޮތަށް އެތައް ސަތޭކަ ބައެކެވެ. 

    އައިޖީއެމްއެޗްގެ ޑޮކްޓަރކިއު ކުރުކުރެވޭނެ ބުއްދިއެއް ސަރުކާރަށް ކުރެވޭ ކަމަކަށް ނުވެއެވެ. އަހަރަކު އެތައް ސަތޭކަ މިލިޔަނެއް ހަރަދުކޮށްގެން ސަރުކާރުން ހޮސްޕިޓާ ހިންގަން އުޅުމަށްވުރެ ބަލިމީހުންނަށް ދެކޮޅު ޓިކެޓާއި 500 ޑޮލަރ ދީފައި ބޭރަށް ފޮނުވުންވެސް ބަލިމީހާއަށާއި ސަރުކާރަށް ފައިދާ ބޮޑުވާނެއެވެ. 

    ރައީސް މުއިއްޒަށް ވެސް ބޮޑު ހަރަދަކަށް ވެގެން އުޅެނީ ރައްޔިތުންނަށް އާސަންދަ ދީގެން ބޭސް ކުރުމެވެ. ސަރުކާރު ހިންގުމުގެ ނަމުގައި އެތައް ހާސް ބަޔަކަށް ސަރުކާރުން މުސާރަޔާއި އިނާޔަތް ދޭކަށް ބޮޑުވެގެން ނޫޅެއެވެ. 2026 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް ބަލާލުމުންވެސް އެކަން އެނގިގެން ދެއެވެ.

    2025 ވަނަ އަހަރުގެ ފުރަތަމަ 3 މަހު އާސަންދައަށް ކުރި ހަރަދަށްވުރެ 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަހު އާސަންދައަށް ކުރި ހަރަދު 200 މިލިޔަން ރުފިޔާ މަދެވެ. އަސަންދަ ނުލިބިގެން ބޭސް ފަރުވާ ނުކުރެވިފައި ތިބި މީހުންވަނީ ގިނައެވެ. އެހެން އެކަން އޮތް އިރު ސަރުކާރުގެ އެސްއޯއީތައް ނުހިމަނާ ސަރުކާރުން މުސާރަޔާ އިނާޔަތަށް ކުރި ހަރަދު 2025 ގެ ފުރަތަމަ 3 މަހަށްވުރެ 2026ގެ ފުރަތަމަ 3 މަހު 478 މިލިޔަން އިތުރެވެ. އެއިން އެގިގެން ދިޔައީ ރައްޔިތުންނަށް ބޭސްވަރުވާ ކުރުމަށްވުރެ ބަޔަކަށް މުސާރައާއި އިނާޔަތް ދިނުން މުއިއްޒަށް މާ މުހުންމު ކަމެވެ. 

    ]]>
    Sat, 18 Apr 2026 18:00:32 +0500 މުއާޒު
    މުއިއްޒު ވުޒާރާ މަދުކުރީ ގޮތް ހުސްވެ ސަލާމަތްވާން ނެތިގެން https://heerasnews.com/4092 https://heerasnews.com/4092 ރައީސް މުއިއްޒު ކުރީން ސަރުކާރު ހިންގީ ރައްޔިތުންގެ ފަޅީގައި ހުރެގެންކަމަށް ބުނަމުން ދިޔައެވެ. މުއިއްޒު ސަރުކާރު ހިންގީ ރައްޔިތުންގެ ފަޅީގައި ހުރެގެން ކަމަށް ބުންޏަސް އާހިރުގައި ހުރެވުނީ ރައްޔިތުންގެ ފަޅީގައި ނޫންކަން ރައްޔިތުން ނޫނެކޭ ބުނުމުން އެނގުނީވެސް ކަންނޭގެއެވެ. އެކަމަކު ރައްޔިތުން ނޫނެކޭ ބުނުމުން ގޯސްތަކެއް ހެދިއްޖެކަމަށް މުއިއްޒު އަމިއްލައަށް ގަބޫލުކުރި ކަމަށް ބުނަން ތަންކޮޅެއް އަވަހެވެ.

    ކެބިނެޓް ކުޑަކޮށްލާ ސިޔާސީ މީހުންތަކެއް ދޫކޮށްލާ ވާހަކަ ދެއްކިޔަސް މުއިއްޒުގެ ކިބައިން އިހުލާސްތެރިކަމެއް ނުފެނެއެވެ. ލިބޭ އާމްދަނީއާއި ނުބައްދަލު މިންވަރަށް ހަރަދުބޮޑުވެ އޮބި ނޯތިމާ ވުޒާރާތައް މަދުކޮށް ބަޔަކު ވަޒީފާއިން ވަކި ކުރާކުރުމަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރާކަމެކޭ ބުނެވިދާނެ ހެއްޔެވެ.

    ކުދިކުދިކޮށް ފޮތޮފޮތި ކޮށްގެން 20 ވުޒާރާ ހަދައިގެން ފެންވަރު ހުރި ހިދުމަތެއް ނުދެވުނު ބަޔަކަށް ޒިންމާތައް ގުޅަކޮށް ބޮޑުކޮށް 10 އަށް އަދަދު ކުޑަކޮށްގެން ޒިންމާ ބޮޑުކުރުމުން ކުރިން ވީވަރުވެސް ނުވާނެއެވެ. އަދިވެސް ދަނޑިމަތި އަނބުރަން ތިބީ ކުރިންވެސް ދަނޑިމަތި އެނބުރި މީހުންނެވެ. އެބައެއްގެ ކިބައި މުއިއްޒަށް ސަލާމަތް ނުވެވިގެންއުޅޭ ގިނަ މީހުން އަދިވެސްތިބީ ދައުލަތް ދަމާވީދާ ކެވެން އޮތް ގޮތެއް ބަލައިގެން ކާލަކާލައެވެ.

    ބަދަލުގެ ހަގީގަތަކީ ރައްޔިތުންގެ ވިންދެއް ނޫނެވެ. ކޮރަޕްޝަނާއި އިސްރާފާއި ހެދި ހިފަހައްޓާ ނުލެވޭ ވަރަށް ހާލަތު ދަށްވީއެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ ރައްޔިތުން ނޫނެކޭ ބުނި ބުނުމަކީ މީހުނާ ކުލެލަން ލިބުނު ފުރުސަތަކަށް ހެދީއެވެ. ބަގުޑި ބައްދައިގެން އެންމެން ގޮވައިގެން އުޅެން އުޅުނަސް ހިފަހައްޓާ ނުލެވޭވަރުވީމާ ވާނީ އެހެންތާއެވެ.

    ރިޒާވް ހުސްކޮށްލައިގެން 500 މިލިޔަން ދަރަނި ދެއްކީ މިމަހުއެވެ. އީރާނާ ކުރާ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް އޮތީ ހިޔަނި އެޅިފައެވެ. އާމްދަނީއަށްވުރެ ކުރާ ހަރަދު އިންތިހާއަށް ބޮޑެވެ. ފަތުރުވެރިންގެ އަތުން ސަރުކާރަށް އެކި ނަންނަމުގައި ނަގާ ފައިސާގެ ގިނަކަމުން ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު ބޮޑުތަނުން ކުރުވެގެން ހިގައްޖެއެވެ. 

    ކޮރަޕްޝަނާއި އިސްރާފު ބޮޑުކަމުން ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ ގޮތެއްނެތި ދަރާވިކި ސަރުކާރު އޮތީ ބަނގުރޫޓްވާ ހިސާބުގައެވެ. އަވަށްޓެރި ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުގެ މަދަދާއި އެހީތެރިކަން ލިބޭތީ ދަނީ ނޭވާ ލެވެމުން ނުލެވެމުންނެވެ. ވުޒާރާތައް މަދުކޮށް ހިންގުމުގެ ހަރަދު ކުޑަކުރުން ނޫންގޮތެއް ނެތުމުން ރައްޔިތުންގެ ވިންދަށް ސަރުކާރު ހިންގަން އުޅެނިއްޔޭ ބުނީމާ ގަބޫލުކުރާނީ މޮޔައެކެވެ. 

    ]]>
    Sat, 18 Apr 2026 15:23:50 +0500 މުއާޒު
    މުއިއްޒަށް އައްޑޫ ގެއްލުނަސް އިހުސާނު އެއްލައެއް ނުލެވުނު https://heerasnews.com/4087 https://heerasnews.com/4087 ރައްޔިތުންގެ ރުހުމާ ލޯބި ނެތިގެން ރައްޔިތުންގެ ވިންދާ ގުޅުވާ ވަޒީރަކު ދޫކޮށްލާނެ ނަމަ މުއިއްޒުގެ ހޯމް މިނިސްޓަރ އަލީ އިހުސާން ވަކި ކުރީހެވެ. އެކަމަކު މުއިއްޒަށް އެކަމެއް ނުކުރެވޭނެއެވެ. ކުރާކަށް ނުވެސް ކެރޭނެއެވެ. އަލީ އިހުސާނު ވަކިކުރެވޭ ވަރުގެ ހިތްވަރެއް މުއިއްޒުގެ ނެތެވެ. ރައްޔިތުންގެ ތާއީދު ނެތިގެން މީހަކު އެއްލައިލާނެ ނަމަ އެއްލައިލަންޖެހޭ ފުރަތަމަ މީހަކީ ހޯމްމިނިސްޓަރ އިހުސާނެވެ.  

    ވަޒީރަކު ވާނެ އެންމެ ބޮޑަކަށް އިހުސާނު އެހުރީ ސިޔާސީ ގޮތުން ފޭލިވެފައެވެ. މީހެއްގެ ސިޔާސީ ކާމިޔާބަކީ އެމީހަކު ނިސްބަތްވާ ތަނެއްގެ ރައްޔިތުންގެ ތާއީދާ ލޯބި އޮތުމެވެ. އޭގެ މިސާލަކީ މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ސްޕޯޓްސް މިނިސްޓަރ ރާފިއުއެވެ. ރާފިއު ނިސްބަތްވާ އއ. އުކުޅަހަކީ ޒަމާނުނއްސުރެ އެމްޑީޕީގެ މިސާލީ ސަޕޯޓް ބޭހެކެވެ. އެރަށުން އެމްޑީޕީ ފެއިލްކުރުމަކީ މީގެކުރީން ދުވަހަކުވެސް ވީކަމެއް ނޫނެވެ. އެކަމަކު އެމްޑީޕީއަށް އެންމެ ގޮނޑިއެއްވެސް ނުދީ އުކުޅަހުގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ނެގުނީ ރާފިއުގެ ސްމާޓް ކަމުންނޭ ބުނެވެން އެބައޮތެވެ. އެހެނެކޭ ކިޔާ އިހުސާނަށް ދެއްކޭނެ ސިޔާސީ ކާމިޔާބެއް ނެތެވެ.

    އައްޑު އަތޮޅަށް ނިސްބަތްވާ މުއްސަދި ވަޒީރެއް ކަމުގައިވާ އިހުސާނު ބޮޑު ދެ ބައްޔަކުން ސިޔާސީ ގޮތުން ވަނީ އައްޑޫން ބަލިވެފައެވެ. ހަނދާން ހުންނާނެއެވެ. އިހުސާނުގެ ދެބަފައިން މިދިޔަ އަހަރު ހޭވައްޓާލާފައި އުޅުނީ ފޭދޫ އައްޑޫ ސިޓީން ވަކިކުރާށެވެ. އައްޑޫ ސިޓީން ފޭދޫ ވަކުކުރަން އިހުސާނު އިސްވެހުރެ ކުރިހާ މަސައްކަތް ދިޔައީ ފަނުފުލުންނެވެ. އައްޑޫ ސިޓީން ފޭދޫ ވަކިކުރަން ނެގި ފެންނަ ނުފެންނަ ވޯޓުގައި ފޭދޫ ރައްޔިތުން ބުނީ ނޫނެކޭއެވެ. ފޭދޫ ރައްޔިތުންގެ އެބުނި ނޫނެކޭ ބުނުމަކީ އިހުސާނަށް ފޭދޫ ރައްޔިތުން ބޮޑުތަނުން ބުނި ނޫނެކޭ އެކެވެ. 

    އިހުސާނަށް ފޭދޫ ރައްޔިތުން ނޫނެކޭ ބުނެފައި އޮއްވާ ނިމި ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މުޅި އައްޑޫސިޓީން އިހުސާނު ފޭލިވެފައިވާކަން ރީތިކޮށް ދައްކާދީފިއެވެ. އިހުސާނު އާރާ ބާރުގައި ހުރެގެން ރައީސް މުއިއްޒާއި މުއިއްޒު ސަރުކާރު އައްޑޫން ފެއިލްވުމަކީ އިހުސާނު އަމިއްލައަށް އިސްތުއުފާދޭން ޖެހޭވަރުގެ ވެއްޓުމެކެވެ. ލަދެކެވެ. 

    ޕީއެންސީއަށް ވަގުފޯމު ފުރައިގެން މެންބަރުން ވައްދާ ޕާޓީގެ ޑެޕިއުޓީއަކަށް ވުމަށް އިހުސާނު ކުރި މަސައްކަތުގައި ޕީއެންސީއާއި ސަރުކާރާއި މުއިއްޒާ ބަރަހަނާވެ އަގުވެއްޓި ދިޔުމުންވެސް އިހުސާނަށް ވީކަމެއްނެތެވެ. އިހުސާނު ބޭނުންވުމުން އިމިގްރޭޝަން ކޮންޓްރޯލަރ ޖަލަށްލާ، އެކީގައި އުޅުނު ރިޓަޔަޑް ކޮލީގު އިމިގްރޭޝަނަށްލާ، އިހުސާނުގެ ރިޓަޔަޑް މިތުރުން އެސްއޯއީ ތަކުގެ ވެރިންނަށް އައްޔަނުކޮށް ދިނުން ނޫންގޮތެއް މުއިއްޒަށް ނެތުނެވެ.

    ސަރުކާރު މުއައްޒަފުންނަށް މުސާރަ ނުދެވިގެން ބޭންކުތަކުން ނަގާ ކުރުމުއްދަތުގެ ދަރަނި ސަރުކާރުން އަބުރާ ބޭންކްތަކަށް ނުދެއްކުނީމާ ދަރަނި ދައްކާދޭން މެދުވެރިވާ މީހާ ވަކިކުރާނީ ކިހިނެއް ހެއްޔެވެ. ދާދި ފަހުންވެސް ސަރުކާރަށް ބޭންކް އޮފް ސިލޯނުން ނެގި ދަރަންޏެއް މުއްދަތަށް ނުދެއްކުނީމާ އެފައިސާ ދައްކާދިނީ ހެޕީ މާކެޓަށް އެ ބޭންކުން ލޯނެއް ނަގައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

    ރައްޔިތުންގެ ރުހުން އޮތަސް ނެތަސް ކިތަންމެ ބޮޑު ފޭއްޔަކުން އިހުސާނު ސިޔާސީ ގޮތުން ފޭލިވިޔަސް މުއިއްޒަކަށް އިހުސާނު ވަތްކެއް ނުކުރެވޭނެއެވެ. ބުނާހާ ގޮތެއް ހަދާނުދީ ވެސް ފަރަކު ނުޖެއްސޭނެއެވެ. އެއަށް ވުރެ ބޮޑަށް މުއިއްޒު ހުރީ ހެޕީމާކެޓް ދަށުވެ ފިތިފައިކަމަށް ކިޔާއުޅެއެވެ. ބޮޑު ދައުލަތެއް ވަކިވަކި ފަރުދުންގެ ދަށުވީމާ ނުވެނުދާނެ ހުރިހާކަމެއް ރާއްޖެއަށް މިދަނީ ވަމުންނެވެ.  

    ]]>
    Fri, 17 Apr 2026 13:10:31 +0500 މުއާޒު
    މުއިއްޒު ސަރުކާރުގައި މުއިއްޒުގެ ބާރެއް ނެތް! https://heerasnews.com/4083 https://heerasnews.com/4083 މުއިއްޒު ވެރިކަންފެށީ ސީނިއަރ މިނިސްޓަރަކާއި 22 ކެބިނެޓް މިނިސްޓަރުންނާއި ވަޒީރުން ފެންވަރުގެ އެތައް ވަޒީރުންނާއި ވަޒީރުންގެ ފެންވަރުގެ މުޝީރުންނާއި ވަޒީރު ފެންވަރުގެ އެންބެސެޑަރުންނާއި ވަޒީރު ފެންވަރުގެ އިމާމުން އެންމެ މަތިފަޑިއަށް ލައިގެންނެވެ. މުއިއްޒުގެ ވަޒީރުންގެ އަދަދަކީ ކޮބައިކަމާއި އެއީ ކޮންބައެއްކަން ވެސް މުއިއްޒަށް ނޭނގޭހާ ވަޒީރުން ގިނައެވެ. 

    ވަޒީރުންގެ ބޮޑު ފައުޖާއި އެނޫން އެތައް ހާސް ސިޔާސީންގެ މައްޗަށް އޮތް މަތިބަރު ސަރުކާރައިގެން މުއިއްޒަށް ކުރިއަށް ހިގައިނުގަނެވިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. ވެރިކަމަށް އާދެވުނު ގޮތުން ސަޕޯޓުބޭސް ބޮޑުކޮށް ފުޅާކުރުމަށް މީހަކު ބުނިހާ ގޮތަކަށް ބުނިހާ ކަމެއް ކޮށްދިނުން ނޫން ގޮތެއް މުއިއްޒަކަށް ނެތެވެ. 

    ރައީސްކަން ހޯދަން ކުރި ކެންޕޭނުގައި ކެބިނެޓް ޕޯޓިފޯލިއޯތައް ވިއްކަންވެސް ޖެހުނުކަމަށްވެއެވެ. މޫސާ ޒަމީރާއި ޑރ. ޝަހީމާއި އުޝާމާއި އިހުސާނު ކަހަލަ މީހުންގެ ވަޒީރުކަމަކީ 5 އަހަރު ދުވަހަށް މޯގޭޖުކޮށް ފައިސާ ނަގާފައިވާ ޕޯޓިފޯލިއޯ ތަކެއްކަމަށް ކިޔާއުޅެއެވެ. އެނޫންވެސް ކިތަންމެ ޖާގައެއް މޯގޭޖްކޮށް އެތައް ބަޔަކަށް ބައިއަޅަންޖެހުނެވެ. 

    ކިތަންމެ ބޮޑު ގޯހެއް ހެއްޖަސް ފަޒްލު ކަހަލަ މީހަކު މަޖުބޫރުވެގެން ސައިޑްލައިނު ކުރިޔަސް ރަނަގަޅު އަދަދަކުން ގޮނޑިގަނެގެން ތިބީމާ ގޮތެއް ނުހެދޭނެއެވެ. ބޮޑު އަދަދެއް ދައްކައިގެން ގޮނޑިގަނެ ގޮނޑި ދަމަހައްޓަން ފައިސާއަޅާ ވަޒީރަކު ގައިގައި ކިތަންމެ ބޭނުން ވިޔަސް މުއިއްޒަށް އަތެއް ނުލެވޭނެއެވެ. ތުން ފިއްތަ ފިއްތާފައިވެސް މޮންދޫދުމެން ދޫކޮށްލާކަށް މުއިއްޒަކަށް ލާހިކެއްނޫނެވެ. 

    ކުރުކޮށް ބުނަންޏާ މުއިއްޒު ސަރުކާރު އޮތީ 3 ފައިޖެހި އުނދުނެއްގެ މަތީގައެވެ. އަޑި ނޭނގޭ 3 ބާރަކުން މުއިއްޒު ސަރުކާރު އޮތީ ހިސޯރު ކޮށްފައެވެ. ހިފަހައްޓާ ދެނީ ބޭބެއެވެ. ސާޖިދާއާއި ޒަމީރާއި އިހުސާނާއި ބޭނުން ނުވާ ގޮތަކަށް މުއިއްޒަށް އިނގިވެސް ހަލުވާނުލެވޭނެކަމަށް މުހައްލިލުން ބުނެއެވެ. ކެބިނެޓްގައި ހިފެހެއްޓިފައި ތިބި މީހުންނާއި އަލަށް އެތެރެވީ މީހުނަށް ބަލާލުމުން މުއިއްޒަށް އޭނާގެ އަމިއްލަ ސަރުކާރަށް ބާރު ނުހިނގާވަރު ވަޒަން ކޮށްލެވޭނެއެވެ. މުއިއްޒު މައްޗަށް ބާރު ހިންގާ އަޑީ ދައުލަތް ފެންނާނެއެވެ. ސަލަފީންނާއި ހެޕީ މާކެޓާއި ތެޔޮ ދޮންބެ ނޫން މަންޒަރެއް އޭރަކުން ނުފެންނާނެއެވެ.   

    އެހެން ކަމުން އެޕްރީލް 4ގެ ބޮޑު ނާކާމިޔާބީއަށް ފަހު ކެބިނެޓް 10 ވަޒީރުންގެ ކުއްލި އިސްތިއުފާއަކީ އިއްތިފާގެއް ނޫނެވެ. 10 ވަޒީރުންގެ އިސްތިއުފާއަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން އެއްބާރުލުން ދިނުމަށް ދިން އިސްތިއުފާއެއް ނޫނެވެ. 

    ]]>
    Thu, 16 Apr 2026 13:36:52 +0500 މުއާޒު
    ކުނިކުއްތާ ނުނަގާ ކިތަންމެ ދިޔައެއް ހިއްކިޔަސް ވަޅު ނަޖިސްވާނެ! https://heerasnews.com/4080 https://heerasnews.com/4080 ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބުނެއުޅޭ އެއްޗެއް އޮވެއެވެ. ކުއްތާއެއް ވަޅަށް ވެއްޓި މަރުވެ ކުނިވުމުން އެ ވަޅު ތާހިރު ކުރުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުނިވެފައި އޮތް ކުއްތާ ވަޅުން ނެގުމެވެ. ކުނިކުއްތާ ވަޅުން ނުނަގާ ކިތަންމެ ވަރަކަށް ދިޔަ ހިއްކިޔަސް އެވަޅެއް އަދި އެވަޅުގެ ފެންގަނޑެއް ތާހިރެއް ނުވާނެއެވެ. 

    ރާއްޖޭން މިއަދު ފެންނަމުން މިދަނީ އެ ހަގީގަތެވެ. މުއިއްޒު ވެރިކަމަށް އެރީއްސުރެ ދިވެހި ދައުލަތް އޮތީ ފާލުން ނެއްޓިފައެވެ. ސަރުކާރު ހިންގުމުގައި ހަމައެއް އުސޫލެއްނެތެވެ. ދައުލަތުގެ މުދަލާ ފައިސާ ބޭނުންކުރުމުގައި ވެސް ގަވައިދެއް އެޔެއް މިޔެއް ނުބަލައެވެ. ދައުލަތުގެ ހުރިހާ ބާރެއް މުއިއްޒުގެ ގޮނޑިކޮއްކޮއަށް ބަދަލުކޮށް ކަންކުރަނީ ކުރާނެ ގޮތަކަށެވެ. 

    ގާނޫނުތައް އެގޮތް މިގޮތަށް ބަދަލުކޮށް މުޅި ގާނޫނީ ނިޒާމުގައި ބައުހެދި އިންދިރާސްވެފައިވާ ފުރޭންޏަކަށް ހަދައިފިއެވެ. ޖެހުނު ދިމާލަކުން ޖެހުނު މީހަކު ދައުލަތް ވިދާ ނޮޅާ ކަނީއެވެ. ދައުލަތް ހިންގުމާ ހަވާލުވެ ހުރެ ދޮގުހެދުމާއި އޮޅުވާލުމާއި އަމިއްލަ ޖާހު ބޮޑުކޮށް މަތިކުރަން ކޮށްފައި ނުކުރާ ކަމެއް ނެތެވެ. 

    ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންނާއި އައްޔަނުކުރި ސިޔާސީ ވެރިން ފިޔަވަލު ނަގާ ފިޔަވަޅު އަޅަނީ މުއިއްޒުގެ ލަފަޔާއި އިރުޝާދާއި ހިކުމަތުއަމަލީގެ ދަށުން ކަމަށް އަބަދުމެ އަޑު ހަރުކޮށް ބުނެއެވެ. ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންވެސް އިނގިއްޔެއް ހަލުވާލަނީވެސް ރައީސްގެ ލަފަޔާ އިރުޝާދަށެވެ. 

    ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން ދެއިރު ދެ ދަޅައަށް ބަދަލުކުރިޔަސް މުއިއްޒު ސަރުކާރު ހިނގަނީ އޮތް ބަޅަށެވެ. ކޮންމެ މީހަކު ކޮންމެ ތާކުން ނަގާ ކޮންމެ ތާކަށް ލިޔަސް އަންނަ ބަދަލެއް ރައްޔިތަކަށް ލިބޭލުޔެއް ފަސޭހައެއް ފައިދާއެއް ނޯވެއެވެ.

    ކުނިކުއްތާ ވަޅުން ނުނަގާ އޮވެ ދިޔަ ހިއްކުމެކޭ މުއިއްޒު ގެންނަ ބަދަލެކޭ ތަފާތެއް ނެތެވެ. ވައްކަމާއި ހިޔާނާތާއި ދޮގާމަކަރާއި އިސްރާފަށް ހުއްޓުމެއް ނާދެއެވެ. ކިތަންމެ ވަރަކަށް މީހުން ބަދަލުކުރިޔަސް ދައުލަތް ހިންގުމުގެ ހުރިހާ ދިމާލެއް އެކީ އެކައްޗަކަށް ވަނީފޭލިވެފައެވެ.

    މުއިއްޒު އިސްވެ ހުރެ ދައުލަތް އިސްލާހު ކުރުމެކޭ ކުނިކުއްތާ ވަޅުގައި ބާއްވައިގެން ދިޔަހިއްކުމެކޭ އެއްވެސް ތަފާތެއް ނެތެވެ. ދިވެހި ދައުލަތް މި އޮތްވަރުން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ މުއިއްޒު އަމިއްލައަށް ދުރަށް ދިއުމެވެ. ނުވަތަ ދުރުކުރުމެވެ. 

    ]]>
    Wed, 15 Apr 2026 14:07:46 +0500 މުއާޒު
    މުއިއްޒު ވަރަށް ގޯސްކޮށްކުރާ ހުއްޓާލަންޖެހޭ ކަމެއް! https://heerasnews.com/4079 https://heerasnews.com/4079 ފެންނަ ނުފެންނަ ވޯޓުގެ ނަތިޖާއާއި އެކު ކަންތައް ތަކެއް ގޯސްކޮށް ކުރެވޭކަމަށް ރައީސް މުއިއްޒުވެސް ގަބޫލުކޮށްފި ކަހަލައެވެ. ވަޒީރުންގެ މަޖިލީހަށް އިއްޔެ ގެނަ ބަދަލަކީ އޭގެ ހެއްކެވެ. 

    ވަޒީރުން އިސްތުފާ ދިނީ ރައީސްގެ އިސްލާހީ މަސައްކަތަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ. 15 ވުޒާރާއަށް ކެބިނެޓް ކުޑަކޮށްލުމަކީ ހެޔޮ ބަދަލެކެވެ. އެކަމަކު ބަދަލު ހެޔޮ ބަދަލަކަށްވާނީ އިސްތިއުފާ ދިން ހުރިހާ ވަޒީރުން ކޮންމެވެސް އެހެން ނަމެއްގައި ސަރުކާރުގެ ޕޭރޯލަށް ނުލައި ދޫކޮށްލިއްޔާއެވެ. ވުޒާރާތަކުގެ އިދާރީ އޮނި ގަނޑު ކުޑަކުރިއްޔާއެވެ. ވުޒާރާގައި ކުރަން ހުރި މަސައްކަތްތައް ދެނެގަނެ ކުރަންޖެހޭ މަސައްކަތަށް ކޮންމެހެން ބޭނުންވާ މީހުންނޫން އެންމެން ދޫކޮށްލިއްޔާއެވެ. ވުޒާރާތައް ހިންގަން ބޮޑު އަގުގައި ކުއްޔަށް ހިފާފައިވާހާ ތަންތަން ދޫކޮށްލިއްޔާއެވެ.

    ވުޒާރާތައް މަދުކޮށް އެއްގޮތް މަސައްކަތްތައް އެއްތަންކޮށް ކޮންމެހެން ބޭނުންވާ މީހަކު ނޫނީ ސަރުކާރުން މުސާރަދޭ އެކަކުވެސް ހުރެގެން ނުވާނެއެވެ. މީހުނަށް ވަޒީފާ ދިނުމުގެ ބަދަލުގައި ވަޒީފާއަށް މީހުން ނުހޯދާހާ ހިނދަކު ހަގީގީ އިސްލާހެއް ނުފެންނާނެއެވެ. ކަމެއް ނެތް ނަމެއްގައި ސަރުކާރުގެ ޕޭރޯލުގައި ތިބި އެންމެން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުން ބޭރުނުކޮށް ނަތީޖާއެއް ނުފެންނާނެއެވެ. 

    ވުޒާރާތައް މަދުކުރިހެން ބޭރު ގައުމުތަކުގައިހުރި ދިވެހި މިޝަންތައް ވަރަށް ބޮޑަށް މަދުކޮށްލަން ޖެހެއެވެ. އދ އާއި އީޔޫއާއި އިނގިރޭސި ވިލާތާއި ސްރީލަންކާ ނޫން ތަނެއްގައި ދާއިމީ މިޝަނެއް ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ކޮންމެ ގައުމެއްގައި ދިވެހި އެންބަސީއެއް ނެތަސް އަވައްޓެރި ސްރީލަންކާގައި މުޅި ދުނިޔޭގެ ޑިޕްލޮމެޓިކް މިޝަންތައް ހުރުމުން ލަންކާއާއި ހަމައިން ބައިނަލް އަގުވާމީ ގުޅުންތައް ހުރިހާ ލެވެލެއްގައި ދެމެހެއްޓުމަކަށް އެއްވެސް ހުރަހެއް ނުއޮންނާނެއެވެ.

    ބޮޑުވަރަކަށް އެންމެ ގިނައިން ދިވެހިން އައިސް ގޮސްއުޅޭ އިންޑިއާގެ ކެރެލާއާއި މެލޭސިޔާ ފަދަ ތަންތާ ކޮންސިއުލޭޓެއް ބަހައްޓާލައިގެން ފުއްދާލެވޭނެއެވެ. ބޭރުގެ މިޝަންތަކުގައި ސިޔާސީ ބަލަދުވެރިން ބައިތިއްބައިގެން އެމީހުނަށް ހޭދަކުރާ ތަންތަނަށް ދިވެހި މިޝަންތައް ހަދައިގެން އުޅޭއުޅުން މިހާރުން މިހާރަށް ހުއްޓާނުލާ މީހުން ބަދަލު ކުރުމަކުން ވާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ.  

    ހަގީގަތަކީ ކުރަން ހުންނަ ކަންކަމަށް މީހުން ހޯދުމުގެ ބަދަލުގައި ބަޔަކަށް މުސާރައެއްދޭން މީހުންނަށް ވަޒީފާ ދިނުމަކީ މުއިއްޒު ވަރަށް ގޯސްކޮށް ކުރާކަމެކެވެ. މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމެކެވެ.

    ]]>
    Wed, 15 Apr 2026 12:22:16 +0500 މުއާޒު
    ދިވެހިބަހުގެ ވުޒާރާވީ އޮއްބުރުވަން ފެޅި ކަރައަކަށް https://heerasnews.com/4077 https://heerasnews.com/4077 އިސްތިއުފާ ދިން ވަޒީރު މީހާއާއި އެކު ދިވެހިބަހާއި ދިވެހިބަހުގެ ވުޒާރާ ގެއްލިއްޖެއެވެ. ގައުމިއްޔަތު ބޮލަށް ލައިގެން ދިދަޔާ ވާހަކަދެއްކި ތަގުރީރު ލިޔެދިން ކަލޭގެއަށް ހަދާދިން ވުޒާރާ މިފަހަރު ޖެހުނުތާ ލަކުނުވެސް ނެތެވެ. ދިވެހި ބަހުގެ ވުޒާރާ އުފެއްދި މަގުސަދާ ބޭނުން ހާސިލުވީކަމެއް ނުވަތަ ގައުމިއްޔަތު ގައުމީ ބޮޑު އަނގަޔަށް ވަދެ ހުސްވީ ކަމެއް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ގައުމިއްޔަތު މިނސްޓްރީ އާއި ޅެންފަރުވާ ވަޒީރު މޫނުއަޅާ މިއަދު ދަފުނު ލައިފިކަމެވެ.  

    ޗާޕްހާނާއާއި ތަރިކަ ކޮލެޖް އާއި އިސްދާރުންތަކާއި ޅެންފަރުވާ ވެގެން ދިޔައީ ތޮއްޑޫން ގެނެސް ފެޅި ކަރައެއްގެ އޮށް ބުރުވުމަށެވެ.  ވަޒަނާއި ކާފިޔާ ހަމަކޮށް ޅެމެއް ހަދަން އެގުމަކީ ވަޒީރުކަމަށް ކުފޫ ހަމަވުން ނޫންކަން މިހާރު އެނގުނީތާއެވެ. ޅެންފަރުވާ ދިނުމަށް ހެދިހާ ދިރާސާއިން ފެނުނީ ޅެންފަރުވާ ދިނުމަށް އެންމެ މޮޅީ އެންސްޕާ ކަމަނަ ކަމެވެ. އެހާ ހިސާބުން ކަރާފަޅަން ނޫޅެ ޅެމުން ފަރުވާ  ދިނުމަށް އެންސްޕާ ކަމަނައާ ހަވާލުކުރީތާއެވެ. 

    އެންސްޕާ ކަމަނައަކީ މާ މޮޅަކަށް ޓީވީ ސްޓޭޝަން ހަދާދިނުމަށް ފަންޑް ހޯދާން އެނގޭ ކަމަނަ އެކޯލައެވެ. އެންސްޕާ ކަމަނަ މޮޅީ ވަކިއެއް ކަމަކަށް ނޫނެވެ. ޕޯޑިއަމު ތަކުގައި އަގަށް ރޮއެދޭން ވެސް އެންސްޕާ ކަމަނަ ވަރެއް ހަމަ ނެތެވެ. އެލްސޯފާ މައްޗަށް ތިރިކުރާ ދޫނީގެ ވާހަކަ އޮއްބާލަންވެސް އެންސްޕާ ކަމަނަ ހަމަ މޮޅީއެވެ. އެހެން ވީމާ ހަދިޔާއަކަށް ވަޒީރުކަން ނުދޭންވީ ކަމެއް ނެތްތާއެވެ. 

    ދާރުލްއާސާރުގައި ބިއްލޫރި ކޮއްޓެއްގައި އާސާރެއްގެ ގޮތުގައި ދައްކަން ބައިންދަން ވެސް ތޮއްޑޫން ގެނައި ފީ ކަރައަކަށްވުރެ އެންސްޕާ ކަމަނަ މާ ހިތްގައިމު ވާނެތާއެވެ. ބަލަން ޒިޔާރަތް ކުރާ މީހުންވެސް މާ ގިނަވާނެއެވެ. ޅެމުން ފަރުވާދެމުން ތަރިކަ ރައްކާކުރަން އެންސްޕާ ކަމަނަ މާ ބޮޑަށްވެސް މޮޅުވާނެއެވެ. އޮށް ބުރުވާ ސްޕީޗް ލިޔަން ކަރާ މޮޅަސް އެންސްޕާ ކަމަނަ ދިޔަ މަގެއްގެ އަރި މަތިންވެސް ތޮއްޑޫ ކަރައަކަށް ނުފޮރޮޅެވޭނެއެވެ. 

    ]]>
    Tue, 14 Apr 2026 23:30:24 +0500 މުއާޒު
    ރައްޔިތުންގެ ބާރުގެ ކުޑަމިންވަރަކުން މުއިއްޒު ސަރުކާރު ކޮށިއަރުވާލައިފި https://heerasnews.com/4076 https://heerasnews.com/4076 ރައްޔިތުންގެ ބާރުގެ ކުޑަ މިންވަރެއް ރައްޔިތުން ބޭނުން ކޮށްލައިގެން މުއިއްޒު ސަރުކާރު ކޮށިއަރުވާލައިފިއެވެ. ރައްޔިތުންގެ މެދުގައި ބޭއްވި އާދައިގެ ފެންނަ ނުފެންނަ ވޯޓެއްގައި ރައްޔިތުން ނޫނެކޭ ބުނި ބުނުން ވެގެން މި ދިޔައީ މުއިއްޒުގެ ސަރުކާރު ކޮޅުން އަޅުވާލާ މަޑޫތައް ނެއްޓި ދިޔަތައް ހަލާލި ކަމަކަށެވެ. 

    ވެދާނެ ގޮތެއް ހަދާނެ ގޮތެއް ނޭގިފައި ތިބި އާދައިގެ ސިޔާސީ މުއައްޒަފުން ނިވައި ފަތްގަނޑަކަށް ހިއްލާލީ ރައީސާއެކު ގަދަކޮށް ތިބިކަމުގެ ބޯޑެވެ. ވަޒީރުން ތިބީ ވާނުވާގައެވެ. އެ މީހަކު ނިސްބަތްވާ ދާއިރާއިން ލިބުނު ބޮޑު ދެރައިން މުއިއްޒުގެ ކުރިމަތީގައި އެތައް ވަޒީރަކާއި ސިޔާސީ މީހުން ބޮޑުފޭއްޔަކުން ފޭލިވެއްޖެއެވެ. ވީ ފޭލީގައި ނެގުނީ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނޫނޭ ބުނެ ބަޔަކު އަދިވެސް ދަނީ ގަދަބަސް ބުނަމުންނެވެ.

    ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް އެ މީހަކު ބުނި ކަމެއް، ބުނި ގޮތަކަށް މުއިއްޒު ކޮށްދިނެވެ. ގައުމުގެ އިގުތިސޯދީ ހާލަތަށް ނުބަލާ އެތައް ސަތޭކަ މިލިޔަނެއް ހޭދަކުރިއެވެ. އެކަމަކު ނަތީޖާ ދިޔައީ ސުމަކުންނެވެ. 

    މުއިއްޒު ރުޅި މަޑެވެ. މުއިއްޒު ލޮލުގައި އަނދުން މަތިމައްޗަށް އަޅުވައިގެން ކާކުކުރީ ކީއްކަން މުއިއްޒަށް އެނގިއްޖެއެވެ. މުއިއްޒާ މެދު ރައްޔިތުން ދެކޭ ގޮތުގެ ހަގީގީ މަންޒަރު ފެނިއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ޕީއެންސީ ގިނަ މީހުންވެސް ދިނީ ދޯކާކަން ސާފުވެއްޖެއެވެ. 

    ހަމަތެދެކެވެ. 4 އެޕްރީލްގައި މުއިއްޒުގެ ވަރަ ރައްޔިތުން ނިކުމެ ކޮށާލައިފިއެވެ. ވެރިކަމެއްގެ ހާލަތު ބަނޑު ބިންމަތީގައިޖެހޭ ވަރަށް ދަށަށް ވެއްޓުނީމާ ސިފައިންނާއި ފުލުހުން ވެސް އަރާނީ ގަދަކޮޅަށެވެ. ވެރިއަކަށްޓަކާ ގުރުބާން ވާނީ މަދު ބައެކެވެ، ކޯޓުތަކާއި މިނިވަން މުއައްސަސާތައް ވެސް އޭރުން ހަށިފޮޅާލާނެއެވެ. ހިންޏަށް ހަކުރު އޮޅުވާލި މަޖިލިސް މެންބަރުންވެސް ކައިފުރާފައި ތިބުމުން ހޭހަން ކުރާކަށް ގަދަކޮށް ކައިރިއަކު ނުތިބޭނެއެވެ. 

    ރައްޔިތުންގެ ބާރުގެ ކުޑަ މިންވަރަކުން މުއިއްޒު ސަރުކާރު ހަމަ ރަނގަޅަށްވެސް ކޮށިއަރުވާލައިފިއެވެ. ސަލާމަތް ބޭނުމިއްޔާ މަޝްވަރާގެ މޭޒު ދޮށަށް ދިޔުން ނޫން މޮޅު އެއްވެސް ގޮތެއް މުއިއްޒަކަށް ދެންނެތެވެ.

    ]]>
    Tue, 14 Apr 2026 15:55:38 +0500 މުއާޒު
    ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހަށް ރައްޔިތުން އިތުބާރެއްނުކުރޭ https://heerasnews.com/4075 https://heerasnews.com/4075 ރައްޔިތުންގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ޕީއެންސީއަށް އޮވެގެން ނިންމާ ނިންމުންތައް ރައްޔިތުން ގަބޫލު ނުކުރާކަން އެންމެ ފަހުން ނެގި ފެންނަ ނުފެންނަ ވޯޓުން ކިތަންމެހާވެސް ރަނގަޅަށް އެނގިގެން ހިގައްޖެއެވެ. އެހެންކަމުން ރާއްޖޭގެ ގާނޫނު އަސާސީއަށް ޕީއެންސީ މެޖޯރިޓީން ގެންނަ އެއްވެސް ބަދަލަކީ ލެޖިޓިމޭޓް ބަދަލެއް ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ.

    ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގައި ވަކި މާއްދަތަކަކަށް ގެންނަ ބަދަލު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފެންނަ ކަމަށް ކަނޑަނާޅަނީސް ގާނޫނު އަސާސީގެ ބަޔަކަށް ނުވާނެކަމަށް ގާނޫނު އަސާސީގައި ބަޔާންވެފައި އޮވެއެވެ. ގާނޫނު އަސާސީއަށް ގެންނަ އެނޫން އިސްލާހުތައް ގާނޫނު އަސާސީގެ ބަޔަކަށް ވުމަށް ރައްޔިތުން ދެކޭގޮތް ބަލާކަށް ލާޒިމެއްނޫނެވެ. 

    އެހެން ނަމަވެސް އެންމެ ފަހުން އޮތް ފެންނަ ނުފެންނަ ވޯޓުގައި ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ބައެއް ކުރުކުރުމަށާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން ވަނީ ނޫނެކޭ ބުނެފައެވެ. ޕީއެންސީގެ ފުޅާ މެޖޯރިޓީ އޮތް މަޖިލީހުން ބޮޑު އަގުލަބިއްޔަތަކުން ފާސްކުރި އެ އިސްލާހަށް ރައްޔިތުން ނޫނެކޭ ބުނުމުން މިހާރު އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލަކީ ރައްޔިތުންގެ ރުހުން އޮތް ބަދަލެއްތޯ ބެލުން ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމެވެ. 

    ގަނޫނު އަސާސީގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ބުނެފައި ނެތަސް މިހާރު މިއޮތް މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލަކާ މެދު ރައްޔިތުންގެ ރުހުން އޮތް ގޮތެއް ނުބައްލަވާ ގާނޫނު އަސާސީއަށް ގެންނަ އެއްވެސް ބަދަލެއް ރައީސް ތަސްދީގު ކުރެއްވުމަކީ ރައްކާތެރި ކަމެއްނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ކޮންމެ ކަމެއްގައި ރައްޔިތުންގެ ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގާނޫނު އަސާސީން ރައީސަށް ޖާގަ ދީފައިވެއެވެ. 

    ރައްޔިތުންނާއި ގައުމާ މެދު ރައީސް މުއިއްޒުގެ ކުޑަވެސް އިހުލާސްތެރިކަމެއް އޮންނަމަ މި ހާލަތުގައި މަޖިލީހުން ގާނޫނު އަސާސީއަށް ގެންނަ ކޮންމެ ބަދަލަކާމެދު ރައްޔިތުން ދެކޭ ގޮތް ސާފުކުރާނެއެވެ. އެގޮތުން ރައްޔިތުން ދެކޭގޮތް ބަލަންޖެހޭ ބޮޑު ދެ ބަދަލެއް މިހާރު ވެސް ގާނޫނު އަސާސީއަށް ގެނެސްފައިވާ އެބައޮތެވެ. 

    އެއްބަދަލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި 6 ވަނަ އިސްލާހެވެ. އަނެއް ބަދަލަކީ ލާމަރުކަޒީ ނިޒާމަށް ބަދަލުގެނެސް އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނު އަސާސީއަށް ގެނައި 7 ވަނަ އިސްލާހެވެ. ދެ އިސްލާހަކީވެސް ސީދާ ރައްޔިތުންނާ ގުޅޭ ދެ އިސްލާހެވެ. އެހެން ކަމުން އެ ދެ އިސްލާހާ ދޭތެރޭގައި ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއްނަގަން ކޮންމެހެން އެބަޖެހެއެވެ. އެ ވޯޓު ނެގުމަކަށް އެއްވެސް ހުރަހެއް ރައީސް މުއިއްޒަކަށް ނެތެވެ. 

    ރައީސް މުއިއްޒު ރައްޔިތުންގެ ފަޅީގައި ހުންނެވިއްޔާ އެ ދެ އިސްލާހާއި މެދު ރައްޔިތުން ދެކޭގޮތް ބައްލަވާލައްވަން ފަސްޖެހި ވަޑައެއް ނުގަންނަވާނެއެވެ. އެ ދެ އިސްލާހަށް ރައްޔިތުންގެ ރުހުން ލިބިއްޖެނަމަ ރައީސް ގެންގުޅުއއްވާ ޕީއެންސީ ސިޔާސަތަށް އޮތް ތާއީދު ފެނިގެން ދާނެއެވެ. އެ ދެ އިސްލާހާއެކު ކުރިއަށް ވަޑައިގަންނަވަންވީއެވެ. އެ ގޮތުގައި ކުރިއަށް ވަޑައިގަތުމަށް އޭރުން އެއްވެސް ހުރަހެއް ނުއޮންނާނެއެވެ. ރައީސް މުއިއްޒަށް ރައްޔިތުންކުރާ އިތުބާރާމެދު ޝައްކުކުރާނެ މީހަކުވެސް ނުހުންނާނެއެވެ.  

    ]]>
    Tue, 14 Apr 2026 12:40:47 +0500 މުއާޒު
    ރީކޯ މޫސައަށް: ރިޔާސީ ޓިކެޓަށް ނަޝީދަށް ވެސް ވާދަކުރެއްވޭނެ! https://heerasnews.com/4074 https://heerasnews.com/4074 މޫސާ މަނިކާއެވެ. އެމްޑީޕީއަކީ ފިކުރެއްކަމަށް ހުއްޓާނުލާ ކިޔާ އެކަކަށް ތިބާ ވާނެއެވެ. އެމްޑީޕީއަކީ މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއް ނޫނޭވެސް ކިޔަނީ މޫސާ މަނިކުމެންނެވެ. ރާއްޖޭގައި ޑިމޮކްރަސީއަކީ އެމްޑީޕީން ތައާރަފުކުރި ކަމެކޭވެސް ކިޔަމު ނޫން ހެއްޔެވެ. ފާޑުކިޔުމާއި ދެބަސްވުމުގެ ތެރެއިން އެއްބަސްވެވޭ ބަޔަކީ އެމްޑީޕީ ކަމަށް ކިޔަމު ނޫން ހެއްޔެވެ. އެހެން ވީއިރު ހާސްވެ ކަންބޮޑުވެގެން ތިޔައުޅެނީ ކޮންކަމަކާ ހެއްޔެވެ.

    ދިވެހި ކޮންމެ ރައްޔިތަކަށް އެމްޑީޕީއަށް ވަދެ ނިކުތުމަކަށް އެއްވެސް ހުރަހެއް އެއްއިރަކުވެސް ނޯވޭނޫން ހެއްޔެވެ. ވަދެ ވަދެފައި ކެޑެނީ، ކެނިޑިކެނޑިފައި ވަންނަނީ އެންމެ މީހަކު އެއްފަހަރުހެއްޔެވެ. އެމްޑީޕީ އެއިރަކު ހިންގާ ސިޔާސަތުތައް ކަމުނުގޮސްގެން ކެނޑުމާއި އުޅޭވައްތަރު ކަމުނުގޮސްގެން ކަނޑާލުމާއި އަނެއްކާ އެނބުރި އައުމަކީ އަލަކަށްވާ ކަންކަމެއް ނޫނެވެ. ޕާޓީގެ ތޮބީއަތެވެ.

    މޫސާ މަނިކު ޕީޕީއެމުގައި ޔާމީނަށް ދިދަ ފަހާދޭން އިނދެފައި އެބުރި އައިހަނދާން ނެތީހެއްޔެވެ. ކެނޑޭ އެހެން މީހުނަށް އެނބުރި އާދެވޭހެން ރައީސް ނަޝިދަށް އެމްޑީޕީއަށް ނާދެވޭންވީ އެއްވެސް ސަބަބެއް ނެތެވެ. އެމްޑީޕީއަކީ މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއް ނޫންކަމުން އެމްޑީޕީގައި އުޅޭ އެންމެންނަކީ ވަކި މީހަކާ ރުހޭ ބަޔަކަށްވުން ލާޒިމެއް ނުވާނެއެވެ. ރޫޅާހެން ރޭވޭނީވެސް އެކަމެއް ވާވަރު މީހުންނަށެވެ. 

    ހަމަ ރަނގަޅަށް އެނގޭނެއެވެ. އެމްޑީޕީއަކީ ކޮންމެ މީހަކަށްވެސް ޕާޓީގެ އެންމެ އިސް މަގާމުތަކަށް އައުމުގެ ފުރުސަތު އޮތް ޕާޓީއެކެވެ. ސަޕޯޓަރުން އިތުރުކޮށް ސަޕޯޓް ބޭސް ފުޅާކުރުމަކަށް އެއްވެސް މީހަކަށް އެމްޑީޕީގައި އެއްވެސް އިރަކު ހުރަހެއް ނެތެވެ. ވާދަވެރި ސިޔާސީ މާހައުލެއްގައި އެންމެންނަކު އެކަކަށް ތާއީދެއް ނުކުރާނެއެވެ. އުޅޭނީ ސަޕޯޓަރުން ގިނަ މީހުންނާއި ސަޕޯޓަރުން މަދު މީހުންނެވެ. މޫސާ މަނިކަށް ވުރެ ރައީސް ނަޝީދުގެ ސަޕޯޓަރުން ގިނަވުމަކީ ރައީސް ނަޝީދުގެ މައްސަލައެއް ނޫނެވެ. 

    ރައީސް ނަޝީދުގެ ސަޕޯޓް ބޭހަކީ އިއްޔެއަކު މިއަދަކު އޮތް އެއްޗެއް ނޫނެވެ. އެހެން ނޫނަސް އެމްޑީޕީގެ ރައީސް ކަމާއި ޗެއާރޕާސަންކަން އެތައް ދުވަހެއް ވަންދެން ކުރައްވާ އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގެ ރައީސް ކަމާއި ރައްޔިތުންގެ މަޖީލިހުގެ ރައީސް ކަންކުރައްވާފައިވާ ރައީސް ނަޝީދަކީ އެމްޑީޕީގައި ޢާދައިގެ މީހެއްނޫނެވެ. އެމްޑީޕީގެ މުސްތަޝާރުކަމާއި ގައުމީ މަޖީލީހުން ޖާގައެއް ރައީސް ނަޝީދަށް ދިނުމަށް ގިނަ ބަޔަކު ބޭނުންކަމީ ކަށަވަރު ކަމެކެވެ. ގައުމީ މަޖިލީހުގެ ނިންމުމުން އެކަން ވަރަށް ރަނގަޅަށް ސާފުވެއެވެ. 

    ގުޅިގެން އެންމެން އެކުގައި މިހާރު ރާއްޖޭގައި އޮތް މުއިއްޒު ސަރުކާރު ބަލިކުރުމަށްޓަކާވެސް ރައީސް ނަޝީދުގެ ބޮޑު ބައިވެރިވުމެއް އޮތް ލީޑަރޝީޕެއް އެމްޑީޕީއަށް މުހިންމެވެ. އެމްޑީޕީގެ އާއްމު ގިނަ މެންބަރުންގެ ވިންދާއެއްގޮތަށް ޕާޓީން ގޮތް ނިންމުމުން މޫސަމެން ބިރު ނަގަނީ ކީއްވެހެއްޔެވެ. 

    އަނެއްކޮޅުން ޕާޓީގެ ރިޔާސީ ޓިކެޓް ހޯދަން މަސައްކަތް ކުރުމަކީ ކޮންމެ މީހަކަށް އޮތް ހައްގެކެވެ. ޓިކެޓް ދޭނޭ މީހާ ކަނޑައަޅާނީ ހުރިހާ މެންބަރުންނެވެ. ޕާޓީގެ ރިޔާސީ ޓިކެޓޭ ކުރީގެ ރައީސުންނޭ މޫސަމެން ކިޔަން އަދި މާ އަވަހެވެ. އަދާވާތްތެރިވިޔަސް ވާންވާނީ ހިތަށް ކުޅަދާނަ މިންވަރަށެވެ. 

    ]]>
    Mon, 13 Apr 2026 15:06:40 +0500 މުއާޒު
    ސިނާގެ ގޮނޑިއަކީ ގޮނޑިގެއްލޭ އިސްލާހު ހަލާލުކުރާ ގުރުބާންކަންބަޅި!؟ https://heerasnews.com/4068 https://heerasnews.com/4068 ފަނޑިޔާރުންނަށް ގޮތް ނިންމަން ނުކެރި ފަސްޖެހިފައި އޮތް މެންބަރ ސިނާންގެ ގޮޑީގެ މައްސަލަ ކޮޅެއްގައި މިއަދު ޖައްސައިފިއެވެ. އެތައް މަހެއް ވަންދެން ނުނިންމިފައި އޮތް މައްސަލަ ޕީއެންސީއަށް ގެއްލޭ ގޮތަށް ނިމުމަކީ ކުޑަ މެސެޖެއް ނޫނެވެ. 

    ސްޕްރީމް ކޯޓުގެ ހުކުމަށްފަހު ރައީސް މުއިއްޒުގެ ލޯޔަލިސްޓް ސިނާނަކީ މިހާރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫނެވެ. އޭނާ ބަގުޑި ބައްދައިގެން އިން ގޮނޑި އޭނާއަށް ގެއްލުމަކީ ހަމަގައިމުވެސް ރައީސް މުއިއްޒު ހިތާވާނެ ކަމެއް ނޫނެވެ. ސިނާނުގެ ގޮނޑި ގެއްލުމަކީ ރައީސް މުއިއްޒު ޝަރީއަތަށް ހަތަރެސްފައި ބޭނުން ހުއްޓާލައިފި ކަމުގެ ދަލީލެއްވެސް ނޫނެވެ. 

    ސާބިތުވި ކުށެއްނެތި ސްޕްރީމް ކޯޓުގެ ފަންޑިޔާރުންތަކެއް އުކާލި މީހާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ޕީއެންސީއަށް ސަލާމަތް ކޮށެއް ނުދިނެވެ. ދިގު ދަންމައިގެން ހިފަހައްޓަ ހިފަހައްޓާފައި ވެސް ދޫކޮށްލީއެވެ. އަންނަ އޮތް ބޮޑު ހުކުމަށްޓަކާ ގުރުބަން ކަންބަޅިއަކަށް އައްޑޫސިނާ ހަދާލީއެވެ.

    ސިނާގެ ގޮނޑިގެއްލުމުގެ ފަހަތުގައި އޮތީ ފަނޑިޔާރުންގެ އަދުލުވެރިކަން ކަމަށް ގަބޫލުނުކުރާނެ ކިތަންމެ ބަޔަކު އުޅޭނެއެވެ. އަދުލުވެރި ކަމެއް އޮތްނަމަ އެހުކުން އިއްވުން ލަސްކޮށް ފަސްކޮށްފައި ބޭއްވުމުގެ މާނައެއް އޮންނާނެ ހެއްޔެވެ. ނޯންނާނެއެވެ. ރައްޔިތުން މުއިއްޒަށް ބުނި ނޫނެކޭއާއި ގުޅިގެން މުއިއްޒު ސައިޒުވެ ކޯޓުތަކުން އިންސާފު ލިބެންފެށީ ކަމަށް ބެލުން އަދި މާ އަވަހެވެ. އަންނަ އޮތް ހުކުމެއްގެ ގޮތުން ފަނޑިޔާރުގޭގެ އަދުލުވެރިކަން ދެއްކުމަށް ގުރުބާން ކުރެވުނު ކަންބަޅިއަކީ ސިނާގެ ގޮނޑިކަމަށްވުން މާގާތެވެ. 

    ޕާޓީތަކަށް މަޖިލީހުގެ ގޮނޑި ގެއްލުވާލުމުގެ ބާރުދޭ އިސްލާހު އުވާލަން ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތައް އަހަރެއްހާ ދުވަހަށް ފަހުން މިހާރު އެއޮތީ ތާވަލްކޮށްފައެވެ. އެލްސޯފާއިން ބަރީއަވީ އުމުރާއިން އައިސް އިހުރާމް ނުބޭލެނީސް އުއްތަމަ ފަނޑިޔާރު ގަނޑުވަރަށް ގެންގޮސްގެން ފަސްޓްލޭޑީގެ ލޯޔަރާއެކު ޖެހީ ކޮންސަކަރާތެއް ކަމެއް ނޭގެއެވެ. ޝާހީ ރޫޅުމެއް ރުޖޫއަކުރަންވެސް އުއްތަމަފަނޑިޔާރަށް ޖެހިދާނެއެވެ.

    ސިނާގެ ގޮނޑިި ގެއްލުމާއި އިހުރާމު ނުބޭލެނީސް އުއްތަމަފަނޑިޔާއި ފަސްޓް ލޭޑީގެ ލޯޔަރު ގަނޑުވަރަށް ވައްދައިގެން ކުޅަކަމެއް ގޮނޑިގެއްލޭ އިސްލާހަށް ވާގޮތަކުން އެނގޭނެއެވެ. އެލްސޯފާއާއި ރައްޔިތުން ނޫނެކޭ ބުނުމާއި ކުއްލި އުމްރާއާއި ބޮޑުފަޑިޔާރު ގަނޑުވަރަށް ގެންދިޔުމާއި ސިނާގެ ގޮނޑި ގެއްލުމާ މިހުރިއްޔަކީ އާދައިގެ އިއްތިފާގެއް ނޫނެވެ. ފަނޑިޔާރުގޭގެ ތިލަފަތުގެ ހަމަނަހަމަ ކަމާއި ރައީސް މުއިއްޒުގެ ބާރަށްވުރެ ރައްޔިތުންގެ ބާރު ގަދަކަން ގޮނޑިގެއްލޭ އިސްލާހުގެ ހުކުމުން ސާފުވާނެއެވެ. 

    ]]>
    Sun, 12 Apr 2026 16:35:52 +0500 މުއާޒު
    އަމީނީމަގު ހުޅަގުކޮޅު ތާރުގަނޑަކީ މުއިއްޒުވީ ހިޔާނާތެއް https://heerasnews.com/4067 https://heerasnews.com/4067 މާލޭގެ އަމީނީ މަގުގެ ހުޅަނގުކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ ސަރަޙައްދުގެ ކުރީގެ ތާރުގަނޑު ނަގައި އަލުން ތާރުއެޅުމަކީ ކިތަންމެހާވެސް ރަނގަޅުކަމެކެވެ. ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އަމަލީ މަސައްކަތް ފަށާ ހަބަރަކީ ހެޔޮ ހަބަރެކެވެ. މައްސަލައަކީ އެހަބަރު ގެނެސްދޭ ގޮތެވެ.

    ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ހިންގާ ކުލީ ގަލަންތަކުން ބޮޑެތި ސުރުހީ ޖަހަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އަމީނީ މަގުގައި ތާރުއަޅާ ތަރައްގީ ކުރަމުން އައީ ސިގްމެންޓް ތަކަކަށް ބަހާލައިގެންނެވެ. އަމީނީ މަގުގެ އިރުމަތި ކޮޅުން ފަށައިގެން ތަރައްގީކޮށް ނިންމަމުން އައި އަމީނީ މަގުގެ މަސައްކަތް މުޅިން ނުނިމެނީސް ރައީސް ސޯލިހުގެ ވެރިކަން ނިމިއްޖެއެވެ.

    ރައީސް ސޯލިހުގެ ވެރިކަން ނިމުނު އިރު އަމީނީ މަގުން ތާރުއަޅާ ތަރައްގީކޮށްފައި އޮތީ ރައީސް މުއިއްޒު ވެރިކަމުގައި އަނދައިގެން ދިޔަ ހައުސިން މިނިސްޓްރީ ހުރި ކޮށީގެ ހުޅަގާ ހަމައަށެވެ. އެ ހިސާބުން ފެށިގެން ހުޅަނގަށް އޮތް ދެ ބްލޮކާއިގުޅޭ ސަރަހައްދު ހުޅަގުފަރާތުން ބޮޑުތަކުރުފާނު މަގާ ހަމައަށް ތާރުއަޅާ ނިންމީ ރައީސް މުއިއްޒު ވެރިކަމުގައެވެ. އަމީނީ މަގުގެ ހުޅަގުކޮޅުގައި ތާރުއަޅާ ނިންމުމަކީ ރައީސް މުއިއްޒުގެ ވެރިކަމުގައި ކުރެވިގެން ބައިސާކެނޑި އެއްކަންތަކެވެ. 

    އަމީނީމަގުގެ އެބައިގާ ތާރުއަލާ ނިންމިގެން އެދުވަސްވަރު މުއިއްޒުގެ ބޮޓުންތަކާއި ކުލީގަލަންތަކުން މާ ބޮޑުކަމެއް ކުރެވިގެން ނެގިނެގިފާ ޖެހުނެވެ. ރައީސް ސޯލިހަށް ނުނިންމުނު އަމީނީމަގު މުއިއްޒ ނިންމައިގެން ޔާމާލާނެގި ހަދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ.

    ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ އަޑި ގުޑަންވެގެން ތާރުގަނޑު ނަގަން އެ އުޅެނީ މުއިއްޒު ވެރިކަމަށް އެރިފަހުން މާމޮޅަށް ތަރައްގީކޮށް ނިންމިގެން މުއިއްޒުގެ ބޮޓުންނާއި ކުލީގަލަންތަކުން ހުއްޓާނުލާ ތައުރީފު ކުރިބައެވެ. އަމީނީމަގުން އެންމެފަހުން ހަދާ ނިންމި ބައެވެ. ކަންދެއްކުމަށް އަމާކީތީ ފަރަށްދާހެން އަމީނީ މަގުން މުއިއްޒު ނިންމިބައެވެ. 

    އަމީނީމަގުން ތަރާުގަނޑު ނަގާ އަލުން ތާރުއަޅަށްއުޅޭ ބައިގެ މަސައްކަތުގެ ފެންވަރުދަށްވެ ހަލާކުވުމުގެ ޒިންމާ ނަގަން ޖެހެނީ މުއިއްޒެވެ. އެހެން މީހެއް ނޫނެވެ. މަސައްކަތް ނިންމިތާ ދެއަހަރު ބައިނުވެ އަމީނީމަގު ހުޅަގުކޮޅުން ތާރުގަނޑު ނަގަންޖެހުމަކީ މުއިއްޒުގެ ފޭލިވުމެކެވެ. ކުލީގަލަންތަކާ ބޮޓުން އޮޅުވާލުމަށް ކުރީސަރުކާރޭ ސޯލިހޭ މޫކޭއޭ 84 މިލިޔަނޭ ކިޔައިގެން ސުރުހީ ހެއްޖަސް ލޯމަތީ ހިގާކަންކަން އޮޅުވައެއް ނުލެވޭނެއެވެ.

    ]]>
    Sun, 12 Apr 2026 13:23:57 +0500 މުއާޒު
    ފެނިގެން ދިޔައީ އިތުބާރާއެކު ނިކުމެ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ: ޝާހިދު https://heerasnews.com/4066 https://heerasnews.com/4066 އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވަނީ އެމްޑީޕީގެ ކާމިޔާބީގެ ހަގީގީ ހިއްސާދާރުންނަކީ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ. މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ބޮޑު ކާމިޔާބީ އަކީވެސް އާއްމު މެންބަރުން ދެއްކި ސާބިތުކަމާއި، ވަރުބަލިކަމެއް ނެތި ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

    އެމްޑީޕީގެ ކާމިޔާބީއަކީ ވަކިވަކި ފަރުދުންނަށް ވުރެ މާ މަތިވެރި، މާ ބޮޑު ކާމިޔާބީއެއްކަން އެމްޑީޕީގެ ރައީސް ވިދާޅުވެއެވެ. ޝާހިދު ވިދާޅުވި ގޮތުގައި މިފަހަރު ލިބިގެން ދިޔަ ކާމިޔާބީން ދައްކާދިނީ ރައްޔިތުން އެއްބައިވަންތަކަމާއެކު ނުކުމެ ދިވެހިރާއްޖެއަށް މިއަށްވުރެ ރަނގަޅު މުސްތަގުބަލެއް ހޯދައިދެވިދާނެ ކަމެވެ.

    ގައުމަށް ހަގީގީ އުންމީދީ ބަދަލެއް ގެނެސް، އާ ސަފުހާއެއް ހުޅުވާލެވިދާނެކަން އެއްބައިވަންތަކަމާއެކު ރައްޔިތުން ނުކުމެ ސާބިތުކޮށްދީފި ކަމަށް ޝާހިދު ވިދާޅުވެއެވެ. ފެނިގެން އެ ދިޔައީ ފުރިހަމަ އިތުބާރާއި އެކު ނިކުމެ ކުރި މަސައްކަތުގެ ނަތީޖާކަން ޝާހިދު ފާހަގަކުރެއްވިއެވެ. 

    ލޯކަލް ކައުންސިލް އިންތިހާބާއި ރެފްރެންޑަމްގައި އެހާބޮޑު ކާމިޔާބީއެއް ހާސިލުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވަފާތެރިކަމާއި ސާބިތުކަންމަތީ ހަރަކާތްތެރިވާ އެމް.ޑީ.ޕީގެ މެންބަރުން ރެޔާއިދުވާލު ކުރެއްވި މިންނެތް މަސައްކަތް ކަމަށްވެސް އެމްޑީޕީގެ ރައީސް ފާހަގަ ކުރެއްވިއެވެ. 

    އޮނަރަބަލް ޝާހިދު މިމޭރުމުން ވާހަކަފުޅު ދައްކަވާފއިވަނީ ބައެއް ބޭފުޅުންނަށް ވާހަކަދައްކަވަން ފުރުސަތު ލިބިވަޑައި ނުގަނެގެން އެމްޑީޕީ ނުތަނަވަސް ކަމަކަށް ވެއްޓުނު ޖަލްސާގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވާހަކަފުޅު ދައްކަވަމުންނެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާ އޮތީ ހުސްވި ހަފްތާގެ އާދީއްތަ ދުވަހުގެރޭ މާލޭ އާޓިފިޝަލް ބީޗްގައެވެ. 

                        

    ]]>
    Sat, 11 Apr 2026 15:30:45 +0500 މުއާޒު
    އެސްއޯއީތައް ވީދާ ނޮޅާ ކާލިފަހުން ޕީސީބީ ހޭލައިފި https://heerasnews.com/4059 https://heerasnews.com/4059 ނޫނޭވާ މީ ފައްކާ ބައެކެވެ. އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ހަނގުރާމަ ފެށިފަހުން މަހަކަށްވުރެ ގިނަވީއެވެ. މިހުރިހާ ދުވަހު ދިވެހިސަރުކާރުން ހިރުވާތަން ކަހާވެސް ނުލައެވެ

    ހަނގުރާމައުގެ ސަބަބުން ރާއްޖޭން ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސްވަނީ ބުނެފައެވެ. އަނެއްކޮޅުން މާލީވަޒީރު ބުނެފައިވަނީވެސް ހަތަރު މަސްތެރޭގައި ނިމޭނެ ހަނގުރާއެއް ކަމުން ހަރަދު ކުޑަކުރުމުގެ  ޕްލޭނެއް ނެތްކަމަށެވެ. ހަނގުރާމަ ދިގުލާ ދަންޏާ ކުރާނެ ކަންކަމުގެ ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރިޔަސް ޕްލޭނެއް އެކުލަވާލާ ރައީސާ ހަމަޔަށް ފޮނުވޭ ވަރުވާނީ  މި ހިނގާ އެޕްރީލް މަހުގެ ކުރީކޮޅުކަމަށް މާލީ ވަޒީރު ބުނެފައިވެއެވެ. 

    މާލީ ވަޒިރު އެބުނީ ހަރަދު ކުޑަކުރުމުގެ ފިޔަޅުތައް އެޅެން އޮތީ މިމަހު 4ގައި އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރެފަރެންޑަމް ނިމުނީމައިކަމަށެވެ. މޫސާ ޒަމީރުގެ އެ ވާހަކައިގެ ތެދުކަން މިހާރު ފެންނަން އެ ފެށީއެވެ. 

    ތަނެއް ދޮރެއް ނުބަލާ ސަރުކާރު ކުންފުނިތައް އިންތިހާބަށްޓަކާ ނޮޅާ ވީދާ ކޭއިރު ގަދަ ނިދީގައި އޮތް ޕީސީބީ މިހާރު ހޭލައިފިއެވެ. އިރާގާ ކުރާ ހަނގުރާމަ ވާނެ ދޮނެއްވެ މައިތިރިވާން ޖެހީމާ ޕީސީބީ މޯޅިއަކަށް އެ ދެމެލީއެވެ. ސަރުކާރަށް ކައުންސިލްތައް ގެއްލި، ރައްޔިތުން ސަރުކާރަށް ނުފެންނަ ކަމުގެ ބަސް ބުނުމުން އާނދޮގޭއޭ ބުނަން ތެދުވި ކަހަލައެވެ. 

    އެސްއޯއީ ތަކުން ހަރަދު ކުޑަކުރުމަށް އަންގާ ސަރކިއުލާއެއް މިއަދު ނެރެފިއެވެ. ކުޑަކުރަން ނުޖެހޭ އެއްވެސް ހަރަދެއް އޮތްކަމަކަށް އޭގައި ނުވެއެވެ. މަސައްކަތާ ނުބައްދަލު ބޮޑު އަދަދަކަށް ކުންފުނިތަކަށް މީހުންވައްދާ ފުރާލި ކަމެއް ޕީސީބީއަކަށް ނޭގެއެވެ. މިވަރުވީމާ އަނގައެއް ނެތް މީހާ އަނގައެއް ގަނެގެންވެސް އަނގަތަޅާނެއެވެ.

    ]]>
    Fri, 10 Apr 2026 17:04:38 +0500 މުއާޒު
    ޝުޖާއަށް: ނޫނެކޭ ބުނީ ސަރުކާރަށް ނޫންކަމަށް ހީވަންޏާ އިތުބާރުއޮތްތޯ ވޯޓެއްނަގާ https://heerasnews.com/4058 https://heerasnews.com/4058 ފެންނަ ނުފެންނަ ވޯޓުގައި ބޮޑު ބައްޔަކުން ބަލިވުމުން ބާރަށު ޝުޖާއުމެން ލަކި އެބަޖަހައެވެ. ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން އާނއެކޭ ބުނުވަން ރައީސް މުއިއްޒު ޝުޖާއުމެން ބުނިހާ ކަމެއް ބުނިގޮތަކަށް ކޮށްދިނެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުން ރުއްސުމަށް ކަށީގެ މަދުން ހިތްވަރުކުރިއެވެ.

    މުއިއްޒު ވާ ރުޅި މަޑެވެ. ވެރިޔަކު ވެރިކަމުގައި ބަހައްޓައިގެން އަގުވައްޓާލެވޭނީ އެހާކަށް ވަރަށެވެ. ރައްޔިތުންގެ ނިންމުން ބަލައިގަނެ މިސްރާބު ރަނގަޅުކުރާ ވާހަކަ ވަޒީރުންނާ މެންބަރުން ދައްކަނީ އެ މީހުން ފޭލިނުވާކަން ދެއްކުމަށެވެ. އޮތް މަގާމާއި ލިބެމުން ދިޔަ މަންފާތައް ގެއްލިދާނެ ކަމުގެ ބިރުގައި ރައީސާއެކު ގަދަކޮށް ތިބިކަން ދެއްކުމަށެވެ. އެކަމަކު ބުނަންހެއްޔެވެ. ރައީސް މުއިއްޒާއި ރައްޔިތުންގެ ގާތުގައިވެސް ޝުޖާމެން ކަހަލަ ސިޔާސީ އަނދޮޅުން މިހާރު ތިޔަތިބީ ފޭލިވެފައެވެ. 

    ރައީސް މުއިއްޒު ފެންނަ ނުފެންނަ ވޯޓެއް ނެގުވީ އެނޫން ގޮތަކަށް އެކަން ކުރެވެން ނެތިގެންނެވެ. ދެ އިންތިހާބު އެއްކުރުމަކީ ބާރަށު ޝުޖާ ބުނާހެން ރައީސް މުއިއްޒު ބޭނުންވުމުން ކޮށްލެވޭ ގޮތަށް އޮތްކަމެއްނަމަ އެހުރިހާ ހަރަދަކާއި މަސައްކަތެއްކޮށްގެން މަރަށް ފުރާނައަށް އާނއެކޭ ބުނުވަން އުޅުނީ ކުރާނެ ކަމެއް ނެތިގެން ހެއްޔެވެ. ރައީސް މުއިއްޒު ބުނާހެން އެހެން ވިސްނުމެއް ވިސްނާދީގެން ބާރަށު ޝުޖާއުމެން ތިޔަ އުޅެނީ އެހެން ކަމެއްގައެވެ. ދައުލަތް ދަވާލަން ތިބެވޭނީ މުއިއްޒާއެކު ގަދަކޮށް ތިބިކަން ދެއްކުމަށް ބޮޑެތި ވާހަކަ ދައްކައިގެންތާއެވެ. 

    ރައީސް މުއިއްޒު ބޭނުންވި ގޮތަށް ޝުޖާމެންނަކަށް އެކަމެއް ކޮށެއް ނުދެވުނެވެ. އެތައް ފައިސާއަކާއި ހަކަތައެއް ރެފެރަންޑަމް ކާމިޔާބުކުރުމަށް މުއިއްޒު ސަރުކާރުން ވަނީ ހޭދަ ކޮށްދީފައެވެ. ރެފަރެންޑަމް ކާމިޔާބުކުރުމަށް ވަޒީރުންނާއި މެންބަރުންނާއި ޕީއެންސީގެ ޓީމްތަކުން އެދުނުހާ ކަމެއް އެދުނު ގޮތަކަށް ރައީސް މުއިއްޒު ކޮށްދިނެވެ. އެތައް ސަތޭކަ މީހުންނަށް އެކިވރުގެ ވަޒީފާތައް ދިނެވެ. އުމުރާއާއި ފައިސާ އެކިފާޑުގެ ހަދިޔާ ރިޝްވަތުގެ ގޮތުގައި ދިނެވެ. ޝުޖާމެން ކަހަލަ މީހުންގެ ބަހަށް ކުރިހާ ކަމެއް ބޭކާރުވެ ލަދެއްގައި ބެދުން ނޫން ކަމެއް ރައީސް މުއިއްޒަކަށް ނުވިއެވެ.

    ޓީވީތަކަށް އަރާ އަދިވެސް ޝޫޖާއުމެން އެބަ ވާހަކަދައްކައެވެ. އެއްވާނަކަށް ރައްޔިތުން ނިކުމެ ނޫނެކޭ ބުނީ ރައްޔިތުން ބުނާ ގޮތަށް ރައީސް މުއިއްޒު ކަންކުރާނެކަން ޔަގީންވާތީއޭ ބުނެ މީހުންތެރޭގައި ވާހަކަ ދައްކަން ލަދު ނުގަންނަކަމެވެ.

    ހަމަތެދެކެވެ. ރައްޔިތުން ނޫނެކޭ ބުނީ ބާރަށު ޝުޖާއުމެން ފަތުއަޑުކިޔާފައި ދަވާލާ ދަވާލުމަށެވެ. ރައްޔިތުން ނޫނެކޭ ބުނީ ގައުމުގެ ދުސްތޫރު ކޮށާކުދިކުރާކުރުމަށެވެ. ޖުމްލަކޮށް ރައްޔިތުން ނޫނެކޭބުނީ މުއިއްޒާއި މުއިއްޒު ސަރުކާރަށެވެ. 

    ރައްޔިތުން ނޫނެކޭ ބުނި ބުނުމަކީ ހަމައެކަނި ދެ އިންތިހާބު އެއްކޮލުމާ ދެކޮޅަށް ބުނި ނޫނެކޭ އެއްކަމަށް ދެކިގެން ނަޖާއިޒު މަންފާތައް މުއިއްޒު ލައްވާ ހޯދަން ޒާތްޒާތުގެ ވިސްނުން މުއިއްޒަށް ވިސްނާދޭން އެކަކުވެސް ނުވިސްނާށެވެ. ނޫނެކޭ ބުނަން ލިބުނު ފުރަތަމަ ފުރުސަތުގައި ރައްޔިތުން އެ މީހުންގެ ބަސް އެއޮތީ އިއްވާފައެވެ.

    މިފަހަރު ރައްޔިތުން ބުނި ނޫނެކޭއަކީ މުއިއްޒާއި މުއިއްޒު ސަރުކާރަށް ބުނި ނޫނެކޭއެއް ނޫންކަމަށް ހީވަންޏާ ގޮތްގޮތަށް ގިނަ ވާހަކަ ނުދައްކާ އިތުބާރު އޮތްތޯ ނެތްތޯ ބަލާލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާ ބަލާށެވެ. އޭރުން މަންޒަރު މާސާފުވާނެއެވެ.

    ]]>
    Fri, 10 Apr 2026 12:55:08 +0500 މުއާޒު
    އެމްޑީޕީގެ ރިފޯމަކީ މީހެއްގެ ގަޔަށްހެޔޮވަރު ކޯޓެއްނޫން https://heerasnews.com/4057 https://heerasnews.com/4057 ޕާޓީ ރިފޯމްކުރަން ފުރުސަތު ލިބުނު މީހުން އެމްޑީޕީ ރިފޯމް ކުރާ ވާހަކަ މިހާރު ނުދައްކާށެވެ. އެމްޑީޕީ އުފެދުނީއްސުރެ 2022 އަށް ޕާޓީ ރިފޯމް ކުރައްވަން ރައީސް ނަޝީދަށް ލިބިވަޑައިގަތެވެ. އެކަމެއް ނުކުރައްވައެވެ. 

    އުސްތާޒު ފައްޔާޒަށްވެސް ޕާޓީ ރިފޯމްކޮށް ހިންގާލުމަށް ލިބި ވަޑައިގަތެވެ. އެންމެ ފަހުން އޮތް އެމްޑީޕީ ކޮންގްރެސްގައި ދަނޑިމަތި އެނބުރުއްވީ ވެސް ފައްޔާޒެވެ. އެވަގުތަށް ބޭނުން ބަދަލުތައް ގެނެސް ނިންންމާލެއްވީއެވެ. ޖުމްލަ އިސްލާހީ ބަދަލެއް ގެނައުމަކަށް ނޫޅުއްވައެވެ. 

    ލީޑަރޝިޕް ލިބިވަޑައިގެން އެހެން ބޭފުޅުންވެސް އެކަމަކާ ނޫޅުއްވައެވެ. ބާރުލިބުމުން އެންމެންވެސް މަސައްކަތްކުރީ ގަޔަށް ހެޔޮވަރު ކޯޓަކަށް އެމްޑިޕީ ހަދާށެވެ. ކޮންމެ ނަމެއް ކިޔައިގެންވެސް ކުރާން އުޅޭކަމަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފަހިވާގޮތަށް މަގުކޮށުމެވެ. 

    އެމްޑީޕީގެ ރިޔާސީ ޓިކެޓަކީ ރާއްޖޭގެ ވެރިކަމާ އެންމެ ކައިރިއަށް ދާން އޮތް ކުރުމަގުކަން އެންމެނަށްވެސް އެނގެއެވެ. ރިޕޯމް، ރިފޯމަކަށްވާނީ ތިމާއަށް ނުވަތަ ތިމާ ބޭނުންވާ މީހަކަށް ރިޔާސީ ޓިކެޓް ލިބޭގޮތަށް މުޅި ޕާޓީ އިންތިޒާމު ވުމުންނެވެ. 

    މާތްކަލާކޯއެވެ. މިވަގުތު ޕާޓީ ރިފޯމްކުރަން އުޅޭނެ ކަމެއް ނެތެވެ.  ކުރަންޏާ ކުރަން އޮތީ އެހެން ކަމެކެވެ. އެންމެން ގުޅިގެން މުއިއްޒު ސައިޒުކޮށް މުއިއްޒު ގާނޫނު އަސާސީއަށް ގެންނަންއުޅޭ ގައިރު ދުސްތުރީ ބަދަލުތައް ގެނައުން ހުއްޓުވާށެވެ. ބްލެކްމޭލުވެ އަމިއްލައަށް ދަންމަޅި ޖަހައިގެން ތިބި މަޖިލިސް މެންބަރުން އެކަމުން ސަލާމަތް ކުރަން އެޅޭށެވެ. ދަތްނެތް މިނިވަން މުއައްސަސާ ތަކުގައި ހިފޭވަރަށް ދަތް ޖަހާދޭންއުޅެބަލާށެވެ. 

     ހަމައިންެނެއްޓި އިނދަޖެހިފައިވާ ރާއއޖޭގެ މާލިއްޔަތުން ހިންގާ ކޮރަޕްޝަނާއި އިސްރާފާ ފަސާދަ ހުޢްޓުވަން ގުޅިގެން ތެދުވެ ބަލާށެވެ. ފަނޑިޔާރުގެއަށް ފޯރުވާ އަތްތައްތައް ކަނޑާ ގާނޫނުގެ ދިގުއަތް ހުރިހާ މުޖުރިމުންނަށް ފޮރުވޭނެ ގޮތް ހަދާބަލާށެވެ. 

    ވެރިކަން ނެތި ގައުމު އިސްލާހު ނުކުރެވޭނޭކަމަށް ދެކޭދުށުން ބަދަލުކޮށް ސީދާ އިސްލާހީ ހަރަކާތް ފަށާބަލާށެވެ. މިހާރު އޮތް ގާނޫނު އަސާސިއާއި އިސްލާހީ ބަދަލުތައް ގެނައީވެސް ވެރިކަމުގައި ތިބެގެނެއް ނޫނެވެ.

    އަޅ! ރައްޔިތުންގެ އިތުބާރު ދަމަހައްޓަން އެންމެން އެކުގައި ނިކުމެ ބަލާށެވެ. ވެރިކަން ދޭނީ ކާކަށްކަން އެހިސާބަށް ދިޔައިމާ ރައްޔިތުން ނިންމާނެއެވެ. ހީލަތް ހަދާ ޑްރާމާ ކުޅެގެން ރިޔާސީ ޓިކެޓް ހޯދަން އެކަކުވެސް އުޅޭނެކަމެއްނެތެވެ. 

    ]]>
    Thu, 09 Apr 2026 17:11:14 +0500 މުއާޒު
    އެމްޑީޕީން މުއިއްޒު ދޫކޮށް ރިޔާސީޓިކެޓާ ތެޅުމަކީ ކުރި އިތުބާރުގައި ކޮޅުފައިންޖެހުން https://heerasnews.com/4056 https://heerasnews.com/4056 ދެރަކަމުގެ ކޮޅެއްނެތެވެ. ގައުމުގެ ހެވާ ލާބައަށް މަސައްކަތް ކުރާ ބަޔަކަށް މިވަގުތަކީ ބާރަށްޓަކާ ޖާގަހަދަން ހިފާތަޅަންވީ ވަގުތެއް ނޫނެވެ. ޑިމޮކްރެޓިކް ވާދަކުރުމެއްގެ ތެރެއިން ވެރިކަމެއް ހޯދޭވަރުގެ މާހައުލެއް މި ރާއްޖެއަކު މިހާރަކު ނެތެވެ. ގައުމު އޮތީ ހުދުމުހުތާރު ވެރިއެއްގެ މުށުތެރޭގައެވެ.

    ވޯޓުލީ ތަނެއްގައި ލާވޯޓު އަދި ގުނާލެވޭތީ ވޯޓުފޮށިން މާބޮޑު ގޮތެއް އަދި ހަދާނުލެވުނަސް އެނޫން ހުރިހާކަމެއް އޮތީ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލުގައެވެ. ގާނޫނަށް ގެންނަ ބަދަލަކުން ވޯޓުލާ ވޯޓުގުނާ ނަތީޖާ ނެރުމުގެ ނިޒާމު ބަދަލުކޮށްލުމަކީ މުއިއްޒަށް މާ އުދަގޫކަމަކަށް ނުވާނެއެވެ. 

    އެހެން ކަމުން ގިނަ ކައުންސިލްތަކެއް ސަރުކާރަށް ނުލިބުނަސް ފެންނަ ނުފެންނަ ވޯޓް ސަރުކާރާ ދެކޮޅަށް ނިކުތަސް މުއިއްޒުގެ ހުދުމުހުތާރުކަން ކުޑައެއް ނުވެއެވެ. މުއިއްޒަށް ބަދަލެއް ނާދެއެވެ. ބަދަލެއް އައިއްޔާއައީ އިތުރަށް ހުދުމުހުތާރުކަން ބޮޑުވުމެވެ. 

    ގޮށްމުށުގެ ވެރިކަމެއްކުރަން ފައިވިއްދާފައި ހުރި މުއިއްޒު ކަހަލަ ވެރިންގެ ކިބައިން ގައުމު މިނިވަން ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެއްބަޔަކު އެކަންޏަށް ވާވަރުގެ ކަމެއްވެސް ނޫނެވެ. އާއްމު ރައްޔިތުންގެ ގިނަބަޔަކަށް އަނގަޔާ އަތާ ދިމާނުވުގެ ބިރާއި، ބޭސްފަރުވާ ނުކުރެވުމުގެ ބިރާއި، ވަޒީފާގެ ބިރުދައްކައިގެން ރައްޔިތުން އޮތީ އޮބިއަޅުވާފައެވެ. އަމިއްލަ ހާލަށްޓަކާ ގިނަ މީހުން ތިބީ ގުޑިލަންވެސް ނުކެރިއެވެ. 

    ގައުމު އެކީ އެކައްޗަކަށް ހީރަސްކެނޑިފައި އޮއްވާ ގުޅިގެން މަސައްކަތްކޮށް ރައްޔިތުން މުއިއްޒާ ދެކޮޅަށް ތެދުވުމަށް ހިއްވަރު ލިބުނު ވަގުތު އެމްޑީޕީގެ ލީޑަރޝިޕުން މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. ވެރިކަމުގެ ހުވަފެން ދެކިގެން ބާރުހޯދަން ތަޅާފޮޅާ ފޯކަހުން މުއިއްޒު ގެއްލުވާލަނީ ގައުމަށް ހެޔޮ އެދިގެން ހެއްޔެވެ. ނޫނީ ވެރިކަމުގެ ލައްޒަތުގައި ހެއްޔެވެ. 

    ރައްޔިތުން އެމްޑީޕީއަށް އިތުބާރުކޮށް ވޯޓުދިނީ މާމޮޅު ލީޑަރޝިޕަކަށް ވެގެނެއްނޫނެވެ. އެވަރުގެވެސް އެހެން ބަޔަކު ފެންނަން ނެތީމައެވެ. އޮޅެގެން ނޫޅޭށެވެ. މުއިއްޒު ހުދުމުހުތާރުވެރިކަން ބަލިކޮށް ޑިމޮކްރެޓިކް މިނިވަން އަދުލުވެ ސިޔާސީ ވެއްޓެއް ގާއިމުނުކޮށް 2028 ހޯދަން ނޫލޭށެވެ.

    ރިޔާސީ ޓިކެޓަށް ފައިނެގުމުގެ ކުރީން މުއިއްޒަށް ޕްރެޝަރކޮށްގެން ޖުޑިޝަރީއާއި ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް މިނިވަން މުއައްސަސާތައް މިނިވަންކޮށް ބަލާށެވެ. މުޅި އެމްޑީޕީ ގުޅިގެން މިއަދު ކުރަންވީ ކަމަކީ އެނޫން ކޮންކަމެއް ހެއްޔެވެ. އެމްޑީޕީން މުއިއްޒު ދޫކޮށްލާފާ ބައިހަދައިގެން ރިޔާސީޓިކެޓާ ތަޅަން ފެށުމަކީ ރައްޔިތުން ކުރި އިތުބާރުގައި ކޮޅުފައިންޖެހުމެވެ.  

    ]]>
    Thu, 09 Apr 2026 10:20:03 +0500 މުއާޒު
    ފެބްރުއަރީ7 ގައި ޝާހިދު އަދާކުރެއްވީ ގާނޫނީ ވާޖިބެއް https://heerasnews.com/4053 https://heerasnews.com/4053 ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަ މީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވުމަށް ގާނޫނުއަސާސީ ލާޒިމުކުރެއެވެ. ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ މީހަކަށް ހަވާލުވެވެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކުރިމަތީގައި އުއްތަމަފަނޑިޔާރު ލައިދޭ ގާނޫނީ ހުވާކޮށްގެންނެވެ. 

    2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ އަބްދުއްލާ ޝާހިދެވެ. ވީކަމެއް ވެގެން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވީ ރައީސް އޮފީހުގައި ލައިވް ޓީވީ ކުރި މަތީގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާ ސިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުވަންޖެހޭ އެއްޗެކެވެ.

    ރައީސްގެ އިސްތިއުފާ ސިޓީ ލިބުމުން މަޖިލިސްގެ ރައީސް ކުރަންޖެހޭ ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާތައް ރައީސުލްޖުމްހޫރިއްގެ ނައިބާ ހަވާލުކުރުމުގެ ކަންކަން ލަސްނުކޮށް ކުރުމެވެ. ރައީސަކު ނެތި ގައުމު ގާނޫނީ ހުސްކަމެއްގައި ބޭއްވުމަކީ މަޖިލީހުގެ ރައީސަށް އޮތް އިހުތިޔާރެއް ނޫނެވެ. 

    ރައީސް ނަޝީދު ފެބްރުއަރީ 7ގައި އިސްތިއުފާ ދެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަބްދުއްލާ ޝާހިދު ކުރެއްވީ ގާނޫނު އަސާސީން ކުރުމަށް ލާޒިމު ކަމެކެވެ. ޝާހިދު އަދާކުރެއްވީ ހަމައެކަނި ގާނޫނީ ޒިންމާއެވެ. 

    ފެބްރއަރީ 7ގައި ހިނގާ ދިޔަކަންކަމާއި އެކަންކަމުގެ ވަށައިގެން ކުރިއާއި ފަހުން ހިނގި ކަންކަމުގައި ޝާހިދުގެ ދައުރެއް ނެތްކަމުގެ އެންމެ ބޮޑު ހެއްކަކީ ރައީސް ނަޝީދުގެ އިސްނެންގެވުމަކުން އޮނަރަބަލް ޝާހިދަށް އެމްޑީޕީއަށް ދައުވަތު ދެއްވި ދެއްވުމެވެ. އޮނަރަބަލް ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ހާއްސަކޮށްގެން އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާއެވެ. އެ ޖަލްސާގައި ޝާހިދަށް ދެންނެވި މަރުހަބާއެވެ. އޮނަރަބަލް ޝާހިދަށް ތައުރީފް ކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅެވެ.

    ޝާހިދު އެމްޑީޕީއާއި ގުޅިވަޑައިގަތް ދުވަހުއްސުރެ އެމްޑީޕީގައި ދެގޮތެއްވެ ވަޑައިނުގެން ރެއާއި ދުވާލު ކުރައްވާ މަސައްކަތްޕުޅުތަކުން ޝާހިދާ ހިތާހިތުގެ ގުޅުމުން ގުޅިފައިވާކަމީ ޝައްކެއް ނެތްކަމެކެވެ. ރައްޔިތުންގެ މަޖިލީހުގައި އެތައް ދުވަހެއް ވަންދެން ޝާހިދު ވަނީ އެމްޑީޕީ ތަމްސީލްކޮށް ދެއްވާފައެވެ. ބޭރު ދުނިޔޭގައި އެމްޑީޕީގެ ހައްގުގައި ގިނަގުނަ މަސައްކަތްތައް ވަނީ ކުރައްވާފައެވެ.

    އދ ގެ ޖެނެރަލް އެސެމްބްލީގެ ރައީސް ކަމުގެ ޝަރަފު ހޯއްދަވައިގެން ޝާހިދު ވަނީ ދުނިޔޭގައި އެމްޑީޕީގެ ނަން ދިރުވާ ދެއްވާފައެވެ. މިހާރު އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ރެއާއި ދުވާލު އެކުރައްވަނީ އެމްޑީޕީ ބާރުވެރިކޮށް ރައްޔިތުންގެ އިތުބާރު އިހުނަށްވުރެ ވެސް އިތުރަށް ހޯދުމުގެ މަސައްކަތެވެ. ޑީއާރުޕީއާއި ޝާހިދާ ގުޅުވައިގެން މިހާރު ވާހަކަ ދައްކާ ބަޔަކު ދައްކަނީ ސިޔާސީގޮތުން އެމްޑީޕީގައި ޝާހިދުގެ ބުރަދަން ބޮޑު ކަމުންނެވެ. 

    ]]>
    Wed, 08 Apr 2026 15:56:22 +0500 މުއާޒު
    ޓިކެޓެއް ލިބި ވާދައެއް ކުރެވޭނީ ފައްކާވާ ހުދުމުހުތާރު ވެރިކަން ވެއްޓިގެން! https://heerasnews.com/4043 https://heerasnews.com/4043 އަމާޒުން ކައްސާނުލާ އެމްޑީޕީގެ ހުރިހާ ހަކަތައެއް ހުސްކުރަންވީ މުއިއްޒުގެ ހުދު މުހުތާރުކަމުން ރައްޔިތުން ސަލާމަތް ކުރުމަށެވެ. ވަކީން ފަހި އެހެން ދަނޑިވަޅެއް އެކަމަކަށް މިއަށްވުރެ ނެތެވެ. ލީޑަރުން ކުޑަކުދިންހެން ފޫކަހާ ބޮޑާ ހާކަންވީ ވަގުތަކީ މިއެއް ނޫނެވެ. ކާކުކުރީ ކީއްކަން ނޭނގޭ ވަރަށް އެމްޑީޕީ މެންބަރުން ގަމާރެއް ނޫނެވެ. އެކަން އެހަށް ބާއްވާށެވެ.

    ހަމަތެދެކެވެ. އެމްޑީޕީގެ ކޮންމެ ކާމިޔާބީއަކީ ވަކި އެކަނި މީހެއްގެ މަސައްކަތެއްނޫނެވެ. އަމްދުން ނިމިގެން ދިޔަ އިންތިހާބުގައި ބޮޑު ބައްޔަކުން މުއިއްޒު ބަލިކޮށްލެވުނީ ވަކިއެކަކު ދެމީހަކު އެކަނިކުރި މަސައްކަތަކުން ނޫނެވެ. އެމްޑީޕީއަކީ ވަކި މީހެއްނޫނެވެ. ވަކި ބައެއްވެސް ނޫނެވެ. މީހަކު ހުރުމަކުން ނެތުމަކުން އެމްޑީޕީ ނެތިގެން ނުދާކަން ތާރީހު ހެކިދެއެވެ. 

    އެމްޑީޕީއަށް ނިސްބަތްވީ ސިޔާސީ އެއްވެސް މީހަކަށް އެމްޑީޕީއާއި ނުލާ ސިޔާސީ ދަނޑުގައި ގަދަކޮށް ފައިހަރުކޮށް ލެވޭތީއެއް ނުފެނެއެވެ. ހަމައެހެން ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތް އެމްޑީޕީއާ ނުލާ ދެމިއެއް ނުއޮންނަކަން ވެސް ވަރަށް ސާފެވެ.

    އުފެދުނީއްސުރެ އެއް ފިކުރެއްގެ ގޮތުގައި އެއް ނަމެއްގައި އެއް އަމާޒެއްގައި އެމްޑީޕީ ދެމިއޮތީ ސިޔާތީ ހަކަތަ ހުރުމުންނެވެ. ވާދަވެރި ލީޑަރޝީޕެއް އެމްޑީޕީގައި އޮންނަ އޮތުމަކީ އެމްޑީޕީގައި ސިޔާތީ ހަކަތަ ހުރިކަން ދައްކާދޭ އެންމެ ވަރުގަދަ ހެއްކެވެ. ދެބަސްވުމުގެ ތެރެއިން އެއްބަސްވާން އެނގޭ ތަސައްރަފު ފުދިފައި އޮތް ހަމައެކަނި ޕާޓީއަކީ އެމްޑީޕީއަށް ވީތީއެވެ. އުފެދޭ އޮއިވަރުގައި ލީޑަރުން އެތެރެވެ ބޭރުވުމަކީ އެމްޑީޕީގެ ތޮބީއަތެވެ. ކާމިޔާބުގެ ވަގުތުތަކުގައި ކުރި ބޯއްޓަކީ ތިމާކަމަށް ވުމަށް މަސައްކަތް ކުރުމަކީ ލީޑަރުންގެ ލީޑަރޝިޕްގެ ހަރުދަނާކަމެވެ.

    ތަސައްރަފު ފުދިފައިވާ ބިޔަބޮޑު ސިޔާސީ ޕާޓީއެއްގެ ތެރޭގައި ހިޔާލުތަފާތުވުން ނެތުމަކީ ފައިނު ވައްޑެ ބުނާހެން އޮޔާދާ ދިރުމެއްނެތް ވިންދެއް ނެތް މުޅަ މަސްގަނޑަކަށް ވުން ފަދަކަމެކެވެ. އެކަކަށްވުރެ އަނެކަކު ކުރިއަރާ ދިއުމަށް މަސައްކަތް ކުރުމަކީ އެމްޑީޕީގައި ދިރުން ހުރިކަމުގެ ރަމްޒެކެވެ. ދުޅަހެޔޮ ވާދަވެރި ސިޔާސީ ޕާޓީީއެއްގެ ގޮތުގައި އެމްޑީޕީ އޮންނަނީ އެތެރޭގެ ތޫނު ހޫނު ވާދަވެރިކަމާއި ދެބަސްވުންތަކާއެކުގައެވެ. 

    އެތެރޭގެ ވަރުގަދަ ވާދަވެރިކަން ކިތަންމެ ބޮޑަސް މުއިއްޒުގެ ލެޖިޓެމަސީ ގެއްލިފައިވާ ގައިރު ގާނޫނީ ސަރުކާރުގެ އަތްދަށުން ރައްޔިތުން ސަލާމަތް ކުރުމަށްވުރެ މުހިންމު އެހެން ކަމެއް މިހާރަކު ނެތެވެ. އެކަމަށްޓަކާ ކޮންމެ މީހަކާވެސް އެއްބަސްވެ އަތުގުޅުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ޕާޓީ ޓިކެޓް ލިބިގެން ރިޔާސީ ވާދައެއް ކުރެވޭނީ ފައްކާވަމުން އަންނަ ހުދުމުހުތާރު ވެރިކަން ވެއްޓިގެންނެވެ.  

    ]]>
    Tue, 07 Apr 2026 08:00:18 +0500 މުއާޒު
    މުއިއްޒުގެ ސަރުކާރު ބަންދުކުރުން ވެސް ބޮޑުގެރި ބޭރަށް ހިންގުމަށް https://heerasnews.com/4040 https://heerasnews.com/4040 ގައުމުގެ ވެރިކަމާ ހަވާލުވެގެން ހުންނައިރު ހިތުހުރި ގޮތަކަށް ކަންކަން ކުރަނީ ޑރ. މުއިއްޒަކީ ތަންދޮރު ނޭނގޭ ކުޑަކުއްޖަކީހެއްޔެވެ. ވެރިކަމަށް އަންނަން އުޅުނުއިރު ދެއްކިހާ ވާހަކަ ހަދާން ނެތުނީ ހަނދާނުގައި ހުންނަ ބަލި މަޑުކަމަކުން ހެއްޔެވެ. 

    މުއިއްޒު ބުނިގޮތުން މުއިއްޒުގެ ސަރުކާރު ވާނީ 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި ހޭލާ ތިބޭ ސަރުކާރަކަށެވެ. ލޮލުފިޔަ ނުޖަހާ ހޭލާ ތިބެގެން ހިދުމަތްދޭން އައި ސަރުކާރަށް ވެގެން މިއުޅެނީ ކިއްހެއްޔެވެ. މުއިއްޒު ސަރުކާރުގައި ކޮންމެ ދުވަހެއްގެ 24 ގަޑިއިރަކީ ސަރުކާރުގެ އިދާރާތަކުގެ ރަސްމީ ގަޑިއަށް ވާނެކަމަށް ބުނެވުނު ހަދާން ނެތުނީ ހެއްޔެވެ. 

    ތެދެކެވެ. ސަރުކާރުގެ އިދާރާތަކުން 24 ގަޑިއިރު ހިދުމަތް ލިބެންޏާ އެއްވެސް މީހަކަށް ސަރުކާރުން ކުރާންޖެހޭކަމެއް ނުކުރެވިފައި ހުންނާކަށް ނުޖެހޭނެއެވެ. އެކަމަކު މުއިއްޒުގެ ވެރިކަމުގައި ކަންކަން ހިނގަނީ ކުރިން ބުނިގޮތާ ދިމާ އިދިކޮޅަށެވެ. 

    މުއިއްޒު ސަރުކާރުގެ އިދާރާތަކުގައި ހިންގުންތެރިކަމެއް ހިދުމަތްތެރިކަމެއް ނެތެވެ. ވަޒީފާދީފައި ތިބިހާ މީހުނަށް މަހު މުސާރަ ލިބެނިކޮށް ވަރިހަމައެވެ. ކުރާނެ ކަމެއް އިށީންނާނެ ތަނެއް ނެތަސް އަތްގުޅި ނުކާވަރުގެ ބޮޑުމުސާރައެއް ނެގެނިކޮށް ވަރިހަމައެވެ. ގިނަ ވަޒީފާތަކުގައި ތިބި މުއައްޒަފުންނަށް ރަނގަޅީ އެއްގޮތަކަށް އޮފީސް ލޮލަށް ނުފެނި މަހު މުސާރަ ލިބިލިބި ހުރުމެވެ. މުއިއްޒަށްވެސް ރަނގަޅީ އެގޮތޭ ހީވެއެވެ.

    ރައްޔިތުންނަށް ހިދުމަތް ނުދެވުނަސް ސަރުކާރުގެ ހުރިހާ ވެރިންނަށާއި މުއައްޒަފުންނަށް ރަގަޅީ ގިނަގިނައިން ސަރުކާރު ބަންދުވުމެވެ. ދެ މީހަކު ތާކު ކާއްޓެ ކެޔަސް ސަރުކާރު ބަންދު ނުކުރެވިގެން މުއިއްޒު ހުންނަނީ އަމަށަކު ވަރެއް ނޫނެވެ. މުއިއްޒުގެ ހެޔޮކަން ދެއްކުމަށް ސަރުކާރު ބަންދު ކުރުން މިހާރުވަނީ ބޮޑުގެރި ބޭރަށް ހިންގުމަށްވެފައެވެ. 

    ސަރުކާރު ބަންދު ކުރުމަކީ އާއްމު ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަތްތައް ނުދީކަމުން ރެކެންޖަހާ ޗައްކަރަކީތާއެވެ. ރޯދަމަހެއް އަތުވެއްޖެއްޔާ ފަހު ދިހަޔާއެކު ކުޑައީދު ބަންދު ދަންމާލައެވެ. ސަރުކާރުގެ އިދާރާތަކުން ހިދުމަތް ނުލިބި ޖެހިޖެހިގެން ދެތިން ހަފުތާ ބަންދުގައި ދުއްވާލާއިރު މީހުނަށް ވާނެ ދައްޗެއް ކުޑަކޮށްވެސް ހިތަކަށް ނާރައެވެ. 

    މިފަހަރު ފަހު ދިހަ ބަންދާ އީދު ބަންދަށް ހުޅުވުނުތާ ހަފްތާއެއް ހާދުވަސް ފަހުން އެއްވެސް ކަމަކާނުލާ އިލެކްޝަނަށް ދެ ދުވަސް މިއޮތީ ބަންދުކޮށްފައެވެ. އިލެކްޝަން އޮތީ ހޮނިހިރު ދުވަހުއެވެ. އެއީ އާއްމުކޮށް އޮންނަ ހަފްތާ ބަންދުގެ ދުވަހެކެވެ. އިންތިހާބު އޮތީ ހޮނިހިރު ދުވަހުގެ ހެދުނު 8 އިން ފެށިގެން ހަވީރު ފަހަކަށެވެ. އެހެންކަމުން ޖެހިގެން އަންނަ އާދިއްތައާއި ހޯމަ ބަންދު ކުރާންޖެހޭ ސަބަބެއްނެތެވެ. 

    އިލެކްޝަންގެ ނަތީޖާގެ ކަންކަން ކުރަނީ އެކަމަށް ތަމްރީނުކޮށް އެކަމަށް ހާއްސަވެގެން ހުސްވެގެން ތިބި ބައެކެވެ. އެމީހުނަށް އެކަންކުރާތީ އިނާޔަތާއި ކެއުމާއި ބުއިން ދެއެވެ. އެހެން އޮތް ކަމެއްގައި އިތުރު ދެ ދުވަހަށް ސަރުކާރު ބަންދުކޮށްގެން ކުރަން އޮންނާނީ ކޮން ކަމެއްހެއްޔެވެ. އިންތިހާބުގެ ކާމިޔާބީ ސެލެބްރޭޓް ކުރާނީ ކާމިޔާބު ކުރާ ބައެކެވެ. އެއްޔަކީ ސަރުކާރު ބަންދުކޮށްގެން ކުރާކަށް އޮތް ކަމެއްނޫނެވެ.

    އެހެން ނޫނަސް ބާއްވާ އިލެކްޝަނަކާއި ސަރުކާރަކާ ކޮންވާ ކަމެއްހެއްޔެވެ. އަހަރެއްގައި އިންތިހާއަށް ސަރުކާރު ބަންދު ދުވަސް ގިނައިރުވެސް ގިނައިން ރަސްމީ ދުވަސްތަކުގައި މުއިއްޒު އުޅެނީ ރާއްޖޭން ބޭރުގައި ނުވަތަ ކޮންމެވެސް ކެންޕޭނެއްގައި އޮފީހަށް ނުވަދެއެވެ. ސަރުކާރު އަބަދު އޮންނަނީ ޗުއްޓީގައެވެ.

    ]]>
    Mon, 06 Apr 2026 15:07:45 +0500 މުއާޒު
    އާޒިމަށް ޖެއްސުންކުރި ކައުންސިލަރުންނަށް މާލޭން ބުނީ ނޫނެކޭ https://heerasnews.com/4037 https://heerasnews.com/4037 ރައީސް މުއިއްޒުގެ ދިފާއުގައި އަމިއްލަ ސިޔާސީ ކެރިއަރ ގުރުބާން ކުރި މާލެ ސިޓީ ކައުންސިލަރުން ރައީސް މުއިއްޒަކަށް ދިފާއުކޮށެއް ނުދެވުނެވެ. ޕީއެންސީ ޓިކެޓްގައި ނެރުނު އެންމެ ކައުންސިލަރަކަށް ގޮނޑި ކަށަވަރުކޮށް ނުދެވުނުތާ އަމިއްލަ ގޮތުން ނިކުތް ކައުންސިލަރަށް ވެސް ލިބުނީ ކޮޅުކެއްސެވެ. 

    ބައި އިލެކްޝަނަކުން މާލެސިޓީ މޭޔަރ ކަމަށް އެމްޑީޕީން ސިޓީކައުންސިލުގެ މޭޔަރުކަމަށް އާދަމް އާޒިމް އިންތިހާބުވީ އެމްޑީޕީގެ ތިކެޓްގައި ހޮވުނު އިތުރު ކައުންސިލަރުންތަކަކާވެސް އެކުގައެވެ. އެހެން ނަމަވެސް މަގާމުގެ ހުވާ ކުރުމުގެ ކުރީން އާދަމް އާޒިމް ނޫން އެހެން އިންތިހާބީ ކައުންސިލަރުން ޕީއެންސިއަށް ސޮއިކޮށް ސަރުކާރުފަޅިއަށް އަރާނިމުނެވެ. 

    ނަތީޖާއެއްގެ ގޮތުން މާލޭ މޭޔަރކަން އާދަމް އާޒިމުކުރީ ސިޔާސީ ފިކުރު އެއްގޮތް އެކަކުވެސް ނެތް ކައުންސިލަރުން ތަކެއް ގޮވައިގެންނެވެ. ޕީއެންސީގެ 14 ކައުންސިލަރުންނާއި ދެން ތިބި އެހެން ފިކުރުތަކުގެ ކައުންސިލަރުން ވެސް މޭޔަރަށް އެއްބާރުލުން ނުދީ މަސައްކަތްކުރީ މޭޔަރ ފޭލިކޮށްލުމަށެވެ. 

    ކުރީގެ މޭޔަރ އަދި މިހާރުގެ ރައީސް ސިޓީ ކައުންސިލްގައި ހިންގާފައިވާ ޖަރީމާތައް ފޮރުވާދިނުމާ އާދަމް އާޒިމްގެ ލީޑަރޝިޕްގައި މާލެ ސިޓީ ކައުންސިލުގެ ވަގި ނައްތާލަން ކުރަން ޖެހޭ ކަމެއް ނޫނީ ކައުންސިލަރުން ނުކުރެއެވެ. މޭޔަރ މުއިއްޒު ހިންގާފައިވާ ޖަރީމާއަކާ ފުޅޭ އެއްވެސް ކަމެއް ބެލިޔަ ނުދޭން ކަންކަން ފާސް ނުކުރުމާއި ކޯރަމް ހަމަވިޔަ ނުދިނުމަކީ ކައުންސިލަރުންގެ ގާނޫނީ ޒިންމާއެއް ފަދައެވެ، 

    އެހެނަސް އާދަން އާޒިމުގެ ދުރު ވިސްނުމައި ހީވާގިކަމާއި ނަތީޖާ ނެރެދުނުމުގެ ހުނަރުވެރިކަމުން އިދިކޮޅު ކައުންސިލަރުން ކިހިލި ޖަހަލައިގެން ކުރު މުއްދަތެއްގެ ތެރޭގައި މާލެ ސިޓީއަށް ރައްޔިތުން އެދޭ ހެޔޮ ބަދަލު ގެންނަމުން ދިޔައީ ބަހަނާ ނުދައްކާ ނަތީޖާ ނެރުމަށް އަމާޒު ހިފައިގެންނެވެ. 

    މާލޭ ރައްޔިތުން ތިބީ އެތަން ދެކެން ދަނޑިވަޅު ބަލަބަލައެވެ. ވޯޓުން ނޫނެކޭ ބުނަން ފުރުސަތުލިބެން ދެނެވެ. ފުރުސަތު ލިބުމާއެކު ރައީސް މުއިއްޒުގެ ގޮޑިކޮއްކޮ ކައުންސިލަރުންނަށް ކުޅި ދައްކާލައިފިއެވެ. އިހުލާސްތެރި ހިދުމަތްތެރި މޭޔަރަށް ފުރައްސާރަކުރި ނަހުލާ އަލީވެސ ނޯށުން ރޮއްވާލައިފިއެވެ، އޭގެން އެކަކަށް އެއްގޮޑި ނުދީ އާދަމް އާޒިމާއި އެކު އެމްޑީޕީ ޓިމެއް ސިޓީ ކައުންސިލްގައި ރުކުރުވާލީއެވެ. އެދޭ ހެޔޮބަދަލު މާލެއަށް ގެނައުމަށާއި މޭޔަރ މުއިއްޒުގެ ހިޔާނަތްތައް ބަލާ ފިޔަވަޅު އެޅުމަށް ކައުންސިލްގައި ހުރި ހުރަސްތައް މާލޭ ރައްޔިތުން އެ ނައްތާލަ ދިނީއެވެ. ސިޓީ ކައުންސިލްގެ ހިޔަންޏަށް ވެސް ނާދެވޭ ގޮތަށް ޕީއެންސީ ކައުންސިލަރުން ފޭލިކޮށް ފައްސާ ނަގާލީއެވެ. މަރުހަބާ އާޒިމް! މަރުހަބާ އެމްޑީޕީ! މަރުހަބާ މާލެ ސިޓީ!  

    ]]>
    Sun, 05 Apr 2026 19:45:27 +0500 މުއާޒު
    މަޝްހޫރު ފަންނާނުން ސިފައިންގެ ހިދުމަތުން ރެކެންއުޅޭ މައްސަލަތަކެއް https://heerasnews.com/4036 https://heerasnews.com/4036 ތައިވާނުގެ މަޝްހޫރު ފަންނާނުން ސިފައިންގެ ހިދުމަތުން ރެކެން އުޅޭ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ މީޑިއާތަކުން ދުނިޔޭގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް "ބީޓީއެސް" އާ މިސާލުޖަހައި ފާޑުކިޔަން ފަށައިފިއެވެ.

    ތައިވާނުގެ ޓީވީބީއެސް، ތައިޕޭ ޓައިމްސް އަދި އީޓީޓުޑޭ ފަދަ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަޖުބޫރު އަސްކަރީ ހިދުމަތުން ރެކުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ޗިއު ޝެންގް-ޔީ މިދިޔަ ބުދަ ދުވަހު ވަނީ ސުވާލުކުރުމަށް ހާޒިރުކޮށްފައެވެ. ނިއު ތައިޕޭގެ ޕްރޮސެކިއުޓަރުންނާއި ފުލުހުން ބުނި ގޮތުގައި، އަސްކަރީ ހިދުމަތުން ރެކުމަށް ހިންގާ ނެޓްވޯކްތައް ހުއްޓުވުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއްގެ ދަށުން މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

    މިއީ ތައިވާނުގައި މިފަދަ މައްސަލަތަކެއް ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ޖޫން މަހުވެސް، ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން ސިފައިންގެ ހިދުމަތުން ރެކެން އުޅުނު 28 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. މީގެ ތެރޭގައި މަޝްހޫރު އެކްޓަރު ޑަރެން ވަންގް، ބައެއް ފަންނާނުން، މަޝްހޫރު ކެއްކުންތެރިއެއް، މިއުޒިކް ޕްރޮޑިއުސަރެއް، ވިޔަފާރިވެރިން އަދި ޑޮކްޓަރެއްގެ އިތުރުން މިކަމުގައި އެހީތެރިވި ހަތަރު މީހަކު ހިމެނެއެވެ.

    މި މައްސަލަތައް އިތުރުވަމުންދާތީ، ތައިވާނުގެ މީޑިއާތަކުން ދަނީ ދެކުނު ކޮރެއާގެ ހަރުދަނާ އަސްކަރީ ނިޒާމާ އަޅާކިޔައި، އެ ގައުމުން އިބްރަތް ހާސިލުކުރުމަށް ގޮވާލަމުންނެވެ. އެގޮތުން "ބީޓީއެސް އަކީ މުޅި ދުނިޔެއަށް މަޝްހޫރު ތަރިން ކަމަށް ވީނަމަވެސް، އެ ގުރޫޕުގެ ހުރިހާ މެންބަރުން ވެސް ވަނީ ގައުމީ ހިދުމަތް ފުރިހަމަކޮށްފައި" ކަމަށް ބުނެ، ތައިވާނުގެ ފަންނާނުންގެ އަމަލުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

    މި މައްސަލައާ ގުޅިގެން ތައިވާނުގެ ޒުވާނުންގެ މެދުގައި ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް ކުރެވެމުންދާއިރު، ގިނަ ބަޔަކު ދަނީ އިންސާފުވެރިކަމާއި، ނުފޫޒުގަދަ މީހުންނަށް ލިބޭ އިމްތިޔާޒުތަކާ މެދު ސުވާލު އުފައްދަމުންނެވެ.

    ]]>
    Sun, 05 Apr 2026 17:49:43 +0500 މުއާޒު
    ރަޢީސް މަޝްވަރާގެ މޭޒަށް ވަޑައިގަންނަވާ: އަލީ ހުސައިން https://heerasnews.com/4035 https://heerasnews.com/4035 އިއްޔެ ނިމިގެންދިޔަ ހިޔާލު ހޯދުމުގެ ނަތީޖާއަށް ފަހު ގައުމުގެ މިސްރާބު ބަދަލުކުރަން ޖެހިފައިވާ މިދަނޑިވަޅުގައި މަޝްވަރާގެ މޭޒަށް އައުމަށް ރައީސް މުއިއްޒަށް މަޝްހޫރު ގާނޫނީ ވަކީލް އަލީބހުސައިން ގޮވާލައްވައިފިއެވެ.

    އަލީ ހުސައިން ދެންމެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހަނގުރާމައިގެ މި ވަގުތުގައި ގައުމުގެ މިސްރާބު ބަދަލުކޮށް، ދައުލަތުގެ ހިންގުން ހަމަ މަގަށް އެޅުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓު މިނިވަންކޮށް މަޝްވަރާގެ މޭޒުދޮށަށް ވަޑައިގެންނެވުމަށް ރޖ އަށް ގޮވާލަން" ކަމަށެވެ. 

    ހުރިހާ ސިޔާސީ ޕާޓީތަކާއި ވިޔަފާރިވެރިންނާއި ކުރީގެ ރައީސުންނާއި އިލްމީ ފަންނީ މިހުންނާއެކު މަޝްވަރާކޮށް އަވަސް ފިޔަވަޅުތަކެއް އެޅިމުގެ މުހިންމުކަން މިވަގުތު ވަރަށް ބޮޑެވެ.

    ]]>
    Sun, 05 Apr 2026 16:03:42 +0500 މުއާޒު
    އެކީތިބި ގިނިކާމާދޫނިތަކަށް ފިޔަވަޅު ނޭޅެންޏާ އިސްތިއުފާދީ https://heerasnews.com/4034 https://heerasnews.com/4034 އަދިވެސް ލަދެއް ނުގަނެއެވެ. އެވެނި ރަށެއްގެ މިތައްގޮޑި ޕީއެންސީއިން ކާމިޔާބު ކޮށްފިއޭ ބުނެ އެބަ ފުއްޕައެވެ. ވެރިކަމާ އާރާ ބާރުގައި ނުފޫޒާ ރިޝްވަތާ ވަޒީފާ ބަހައިގެން ބޮޑު ބައްޔަކުން ބަލިވީމާ ދައްކާން އޮތީ ދެން ކޮންވާހަކައެއް ހެއްޔެވެ. 

    ރައްޔިތުންގެ މައިނޯތިޓީން ލިބިފައި އޮތް މަޖިލިސް މެޖޯރިޓީއެއް އޮވެގެން ގަންނާނެހާ ގަޑެއް ނުގަނެވޭނެކަން ރައްޔިތުން ކިތަންމެހާވެސް ރަނގަޅަށް ޕީއެންސީއަށް އަންގާދީފިއެވެ. މެންބަރުން ވަގަށް ނަގައިގެން ޕާޓީ ދަފުތަރު ބޮޑުކޮށްގެން ދަވާލެވެނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޭފައިސާ ކަމަށް ރައްޔިތުން ބުނެފިއެވެ. ރައްޔިތުންގެ ވޯޓު އެހެން ދަމައި ނުގަނެވޭނެކަން ރައްޔިތުން އިއްޔެ އެއަންގާލީއެވެ. 

    މުއިއްޒު ގަޅަހައްދައިގެން ދައުލަތް ދަވާލަން އުޅޭ ބައިގަޑަށް ފިސާރި ހެޔޮވަރުގެ ފިލާވަޅެއް ރައްޔިތުން ދީފިއެވެ. ދައުލަތުގެ މާލިއްޔާ ކިހިލިޖަހައިގެން ނިކުމެ ވޯޓު ގަންނަން އުޅުނު ބައިގަޑު މުއިއްޒަށްވެސް އެދިނީ ކެއްސެވެ. ބޮޑުކުރީ އަމިއްލަ އަންބޮޑިއެވެ. މުއިއްޒަށް އަވާމެންދުރު ދައްކައިގެން ދައުލަތް ނޮޅާކާ ބޮޓޭކޯމެން މައިކުމެންގެ ހަގީގީ ސޫރަ މުއިއްޒަށް މިހާރު ހުންނާނީ ފެނެފައެވެ. 

    ބުރުމާއަކުން ރޮންދާއަކުން ލޮލީއަކުން ބަގީޗާއަކުން ސަރަނގަކުން ކުރާނެ ބޭނުމެއް ނެތްކަން މިހާރު މުއިއްޒަށް އެނގޭނެއެވެ. ކަޅުވެނު ގޮހޮރަށް އަލާ އެއްޗަކުން މަންފާއެއް ނެތްކަންވެސް މިހާރު އެނގޭނެއެވެ. ފަތަރާސީ ކަންމަތީ މަގަށް ނެރެފައި އެލްސޯފާ މައްޗަށް ދޫނިއަރުވުން ހަޖަމުނުވާކަން މިހާރު އެނގޭނެއެވެ. 

    ކޮށީގައިތިބި ކުކުޅުތަކުގެ ފައިގާ ބިސްމަޅިދުއްވަން ނަނުޖަހައިގެން ނަނުމައްޗަށް އަރާއިންދާ ބިސްފީވެގެން ކުކުޅުތައް ބޮލަށް އަރައިގަތުމުގެ ދުވަސް ދެން މާދުރެއް ނޫނެވެ. ކޮރަޕްޝަނާ ހިޔާނާތުން ކަޅިވެފައިވާ ކަލާސީން ނަވުން ބާލާ އަވަހަށް އޮޑިވަރު ކުރާށެވެ. ދައުލަތް ކައިފުރައިގެން ކައިރީގައި ތިބި ބޮޑު ހޯގުޅާތައް ހިފާ ހައްޔަރުކޮށް އަދަބުދޭށެވެ. އެހެން ނޫނީ މުއިއްޒަށް ދެން ނަގާ ރާޅު މާ ބޮޑުވާނެއެވެ. ޖަންތާ އަދާލަތުގެ ދިގުއަށް ހުރާލުމުގެ ކުރިން ވަގުތު އޮއްވާ ކައިރީގައި ތިބި މާދޫނިތަކަށް އަވަހަށް ފިޔަވަޅު އަޅާށެވެ. 

    ]]>
    Sun, 05 Apr 2026 14:35:36 +0500 މުއާޒު
    ރައްޔިތުންގެ ނިންމުން ހަޖަމުކޮށް މުއިއްޒަށް އިސްލާހެއް ނުވެވޭނެ! https://heerasnews.com/4033 https://heerasnews.com/4033 ރައްޔިތުްގެ ނިންމުމަށް އިހުތިރާމްކޮށް ކަންކަން ރަގަޅުކުރާނެ ކަމަށް މުއިއްޒު ބުނުމަކީވެސް ލައްކަ ބޮޑުވަރެކެވެ. ވެރިކަމަށް ހޮވުނީއްސުރެ ހިތުހުރިހާ ގޮތަކަށް މުއިއްޒު ކަންކަން ކުރަމުން އައީ ރަނގަޅުގޮތް ނޭނގިގެނެއް ނޫނެވެ. ދޮގުހެދުމާ އޮޅުވާލުމާއި ހިޔާނާތްތެރިވުމުގައި ދައުރެއްގެ ދެބައިކުޅަ އެއްބައަށް ވުރެ ބޮޑު ބައެއް ކަޑައްތުކުރީ އޮޅުމަކުން ނޫނެވެ. 

    ރައްޔިތުންގެ ނިންމުން އިހުލާސްތެރިކަމާއެކު ގަބޫލުކޮށް ކަންކަން ރަމގަޅުކުރަން މުއިއްޒު ފަށާނީ ކިހާ ހިސާބަކުން ކިހިނެއް ހެއްޔެވެ. ވެރިކަމަށް އަރާ ދިމާކުރީ އަބުބޮޑު ހަރަދު ބޮޑު ދިރިއުޅުމެއް އުޅޭށެވެ. ޝެހެންޝާހެއްގެ ގޮތުގައި މަތިހަށި ނަގާށެވެ. މުރައްކަބު ޖާހިލުން ތަކެއް ކިޔާބަހަށް ވެރިކަން ހިންގާށެވެ. ރިޝްވަތާއި ކޮރަޕްޝަނާ ފަސާދައާއި ދޮގާ މަކަރު ނޫންކަމެއް  މުއިއްޒުގެ ވެރިކަމުގައި ނެތެވެ. 

    ހަނދާން އައުކޮށްލަން ކުރީކޮޅުގެ ކުޑަމިންވަރެއް ހިތައް ގެނެސްބަލާށެވެ. މާލޭގެ ބޯހިޔަވާވަހިކަމަށް ތަރައްގީކުރަން ފަށާފައިވާ މާލެ އާއި ގުޅަލެވެން އޮތް ސަރަހައްދު ނިންމުމުގެ މަސައްކަތް ކުރުމުގެ ބަދަލުގައި ގަދަފައިވިއްދާފައި ފެށީ ފުށިދިއްގަރުފަޅު ހިއްކާށެވެ. ވެރިކަން ދިފާއުކުރުމަށް ރިޝްވަތު ދީގެން ގަނެލީ މަޖިލީހުން 13 މެންބަރުންނެވެ. ކޮރަ÷ޝަނުގެ ތެރެއިން 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ވަޒީރުންނަށް 20 ކާރު ގަތީއެވެ. ރިޔާސީ ގަނޑުވަރަށް ވަދެވުނީ އެތައް މިލިޔަނެއް ހޭދަކޮށްގެންނެވެ. ދުނިޔެ ބަލައިލަން ބޮޑެތި ފައުޖު ހަދައިގެން ދަތުރުކުރީ ހޭނުބަހައްޓާ ފަސްޓު ކުލާހުންނެވެ. 

    700 އަށް ވުރެ ގިނަ ނުކުރާން ބުނި ސިޔާސީ މަގާމުތައް ތިންހަތަރު ހާހަށް އަރުވާލީއެވެ. ސަރުކާރު ކުންފުނިތަކަކީ ޕާޓީ އައްޑާތަކަކަށް ހަދާ އެތައްހާސް ބަޔަކަށް ބޭކާރު ގޮތުގައި ވަޒީފާތައް ބަހާލީއެވެ. ޒަރޫރަތެއް ނެތި ކަންދެއްކުމަށް ޑްރޯނާއި ބަރު ހަތިޔާރު ގަތީއެވެ. ވޭޕް މަނާކޮށް ދުންފަތަށް ކުރާހޭދަ އެތައް ގުނައަކަށް ބޮޑުކުރަން ރައްޔިތުންނަށް ޖެއްސީއެވެ. 

    ހަމައެއް ލަމައެއްނެތި ފަޒުލްމެން ކަހަލަ މީހުން ބޭނުންކޮށްގެން ކޮރަޕްޝަނާއި ފަސާދަ ހިންގާ އައުވާނުންނަށް ފަޅުތަކާ ބިންތަކާ ބަހާ މުޅި ދައުލަތަކީ ވައްކަމާއި ހިޔާނާތުގެ ގޭންގަކަށް ހެދީއެވެ. ކޯޓުތަކާއި މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހަކީ ދަތްނެއް ސިންގާތަކަކަށް ހަދާ ނިންމީއެވެ. 

    މައިނޯރިޓީން ލިބުނު މަޖިލިސް މެޖޯރިޓިއާއި އެކު ދުނިޔެ ރަންވެ އެޅިހާ ބަތަކަށް ރައްޔިތުން ރިހަވެގެން ތިބޭނެކަމަށް ގަބޫލުކުރެވުނު ހިސާބުން މުއިއްޒުގެ ބުއްދި ރަންވީއެވެ. ދައުލަތް ދަވަލަން ފޫގަޅައިގެންތިބި އައުވާނުންގެ ބަހަށްހެއްލި ގެއްލުނުއިރު މުއިއްޒަށް ރައްޔިތުންނެއް ނެތެވެ. ރައްޔިތުންގެ އަޑެއް ނީވުނެވެ. ނޭހިއެވެ. ވަގަކަށް ހާސްދުވަހެވެ. ވެރިއަކަށް އެއްދުވަހެވެ. ރައްޔިތުން ގޮތް ނިންމައިފިއެވެ. 

    ]]>
    Sun, 05 Apr 2026 11:36:08 +0500 މުއާޒު
    ސިޓީތަކުގެ މޭޔަރކަން އެމްޑީޕީން ކަށަވަރުކޮށްފި https://heerasnews.com/4032 https://heerasnews.com/4032 މިއަދު ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގައި ދިވެހިރާއްޖޭގެ ފަސް ސިޓީގެ މޭޔަރުކަން އެމްޑީޕީން ކަށަވަރުކޮށްފިއެވެ. 

    މާލޭ މޭޔަރުގެ މަގާމަށް ހޮވުނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް އެވެ. އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ވެސް ހޮވުނީ މިހާރުގެ މޭޔަރު އަލީ ނިޒާރެވެ. އަދި ކުޅުދުއްފުށީ މޭޔަރުގެ މަގާމު ވެސް މިހާރުގެ މޭޔަރު މުހައްމަދު އާތިފު ދިފާއު ކުރެއްވި އެވެ. 

    ފުވައްމުލަކު މޭޔަރުގެ މަގާމަށް ވެސް ހޮވުނީ މިހާރުގެ ވެސް މޭޔަރު އިސްމާއިލް ރަފީގެވެ. ތިނަދޫ މޭޔަރުގެ މަގާމަށް ހޮވުނީ ވެސް މިވަގުތުގެ މޭޔަރު ސައުދު އަލީ އެވެ. 

    ނަތީޖާތައް ދައްކާ ގޮތުން ކައުންސިލުގެ ގިނަ ގޮނޑިތައް ވެސް ނެގީ އެމްޑީޕީ އިންނެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ދަނީ ބޮޑުތަނުން ބަލިވަމުންނެވެ.

    ]]>
    Sat, 04 Apr 2026 22:54:31 +0500 މުއާޒު
    ވޯޓު ކަރުދާހުގައި ވެސް އޮލުވާލުމާ ހީލަތް! https://heerasnews.com/4031 https://heerasnews.com/4031 އެކު އެކުގައި ތިންކަމަކަށް މިއަދު ނެގޭ ވޯޓްލުމަށް ވޯޓް ކަރުދާސް ތައްޔާރު ކޮށްފައިވަނީ ވަރަށް ބޮޑަށް އޮޅުން އަރާގޮތަށެވެ. ލިޔެކިޔުމުގެ ކޮށިކަން ހުންނަ މީހުނަށް ވާނުވާ އެނގޭ ވަރަށްވުރެ ކަރުދާހުގެ އޮޅުން ބޮޅުން ބޮޑެވެ. 

    ފުރަތަމަ ކަމަކީ ތިން ކަރުދާހުގެ ކުލަތަފާތު ނުވުމެވެ. ތިން ބާވަތުގެ ވޯޓްކަރުދާސް ހުރީ ހުދުކޮށްނެވެ. އެގޮތަށް ވޯޓްކަރުދާސް ހުރުމުން ވޯޓްކަރުދާސް ދޫކުރަން ތިބޭ އިލެކްޝަން އޮފިޝަލުންނަށް އޮޅިގެން އެއްބާވަތުގެ ދެކަރުދާސްކޮޅު އެކަކަށް އެބަ ދޫކުރެވެއެވެ. 

    ހިތާދޫ ދާއިރާ މާލެ ފޮށިހުރި ވޯޓުލާ ސަރަހައްދުގައި އެފަދަ ހާދިސާއެއްވަނީ ހިނގާފައެވެ. ވޯޓްކަރުދާސް ދޫކުރާ މޭޒުން ވޯޓްލާން ދިޔަ  މީހަކަށް ދޫކުރި 3 ކަރުދާހުން ދެ ކަރުދާހަކީ އަންހެނުންގެ ތަރައްގިއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓް ކަރުދާހެވެ. އެކަން ވޯޓު ދޭމިޙަށް ފާހަގަވީ ކަރުދާސްތަކުގައި ފާހަގަ ޖެހިފަހުންނެވެ. އެންމެ ފަހުން ވޯޓުލުން މެދު ކަނޑާލަން އެތަނުގައި ޖެހުނެވެ.

    ދެވަނަ ކަމަކީ ވޯޓްކަރުދާހުގައި ކެންޑިޑޭޓުންގެ ނަންތައް ލިޔެފައިވާ ފޮންޓު ސައިޒުގެ ގޮތުން ދުރުމި އަޅައިގެން ބޮޑުކުރާ ބިއްލޫރި ބޭނުންނުކޮށް ކިޔޭވަރެއް ނޫނެވެ. ދިގު ލިސްޓުން އާދައިގައި ލޮލުބާރު ދެރަމީހަކަށް ވާނުވާއެއް އެގޭވަރެއް ނޫނެވެ. ތިން ކަރުދާސް ހިފައިގެން ވޯޓިން ޕޯލަށް ވަންނަ މީހާއަށް ހެދޭ ނެހެދޭ ނޭނގި މޮޔަވާވަރުވެއެވެ. 

    ]]>
    Sat, 04 Apr 2026 13:36:14 +0500 މުއާޒު
    ވަކި ވޯޓެއް ނުލާތީ ބަރަހަނާކުރުމުގެ ހައްގެއް ޒާހިދަކަށް ނޯންނާނެ! https://heerasnews.com/4028 https://heerasnews.com/4028 ވޯޓުލުމާ ނުލުމަކީ ކޮންމެ މީހަކަށް އޮތް އެ މީހެއްގެ އަމިއްލަ ހައްގެކެވެ. އެހެން ކަމުން މިއަދު އެކުއެކުގައި އޮންނަ ތިން އިންތިހާބުގެ ވޯޓު ކަރުދާހުން ވަކި މީހަކަށް ވަކި ކަރުދާހެއް ނުދޭގޮތަށް ހެދުމަކީ އިންތިހާބީ ބޮޑު ކުށެކެވެ. ވަކި ކަރުދާހެއް ދޫކޮށްފައި އަނެއް ކަރުދާހެއް ދޫނުކުރާ ގޮތަށް ހެދުމަކީ އިންތިހާބީ ހައްގަކަށް އަރައިގަތުމެވެ. ވޯޓުލެވޭ ހުރިހާ ކަމަކަށް ފާހަގަ ޖަހަން އެހުމެއް ކެހުމެއްނެތި ވޯޓު ކަރުދާސް ކޮންމެ މީހަކަށް ލިބެންޖެހޭނެއެވެ.

    ވޯޓުކަރުދާސް ދޫކުރުމުގެ ކުރިން ވޯޓުލާންދާ މީހާ ކުރެން ވޯޓުދޭނީ ކޮންކޮން ކަމަކަށްތޯ އަހާ ސުވާލުކުރުމަކީ ވޯޓުލުމުގެ ކަންތައް ބަލަހައްޓާ ފަރާތަށް ވިޔަސް ކުރެވިގެންވާނެ ކަމެއް ނޫނެވެ. ވޯޓު ނެގޭ ހުރިހާ ކަމަކަށް ވޯޓު ދިނުމާ ނުދިނުން އެއީ އޭނާގެ އަމިއްލަ ކަމެކެވެ. އިލެކްޝަނާ އަދި ޒާހިދާ ވެސް ބެހޭކަމެއް ނޫނެވެ. 

    ވަކި މީހަކު ވަކި ކަމަކަށް ވޯޓުނުލާކަން އާއްމުކޮށް އެނގޭ ގޮތަށް ވޯޓުދޭ މަރުކަޒުގައިވިޔަސް ހާމަކުރުމަކީ ވޯޓުގެ ސިއްރުކަން ގެއްލިގެން ދާނެކަމެކެވެ. އިންތިހާބީ ކުށެކެވެ. ވަކި މީހަކު ވަކި އިންތިހާބެއްގައި ވޯޓުނުދޭކަން އެނގޭގޮތަށް ވަކި ވޯޓެއްގެ ކަރުދާސް ވަކި މީހަކަށް ނުދޭކަން އެގޭނގޮތަށް އިލެކްޝަނުން އަމަލުކުރުމަކީ އެމީހެއްގެ ޒާތީ ހައްގަކަށް ރޭވިގެން އަރައިގަތުމެވެ. ވޯޓެއްގެ ސިއްރުކަން ގެއްލޭ ގޮތަށް އިދާރީ އިންތިޒާމެއް ކުރުމަކީ ގަސްދުގައި ރާވައިގެން ހިންގާ ބޮޑު ޖަރީމާއެކެވެ. 

    ވޯޓުގެ ސިއްރުކަން ގެއްލޭގޮތަށް އިލެކްޝަނުން އަމަލުކުރަނީ ވޯޓު ގަޑުބަޑުކޮށް އޮޅުވާލުމުގެ ފުރުސަތު ހޯދުމަށެވެ. ވޯޓުލުމުގައި ބައިވެރިވެ ދޭވޯޓު ބާތިލުކުރުމާއި ސައްހަކުރުމަކީ ވޯޓުލާ މީހާއަށް އޮތް އިހުތިޔާރެކެވެ. އެހެނެއް ކަމަކު ވަކި ކަމަކަށް ވޯޓުނުލާ ކަމުގެ ލޭބަލް ވުމަކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ކޮންމެ ވޯޓަކީ ސިއްރެކެވެ. 

    ވަކި ދާއިރާއެއްގައި ހުންނަ އެހެން ދާއިރާއެއްގެ އެންމެ މީހަކު ވޯޓުލާ ގޮތަކުން އެ މީހާގެ ވޯޓު ސިއްރު ނުވުމުގެ މައްސަލައަކީ މިހާތަނަށްވެސް އޮތް ހައްލުނުވާ މައްސަލައެކެވެ. އެގޮތަށް ދިމާވުމުން މީހަކު ވޯޓުލާ ގޮތް އެނގުމުން ދާއިމީ ބޮޑެތި ދެކޮޅުވެރިކަމާއި ފިތުނަތައް އުފެދިފައިވަނީވެސް މަދެއްކޮށް ނޫނެވެ. އެހެން އެކަން އޮއްވާ އަނެއްކާ އަނެއް ގޮތަކަށް ވޯޓުގެ ސިއްރުކަން ގެއްލުވާލަން ޒާހިދު ދިމާކުރި ކުރުން ވަގުތުން ހުއްޓާލާށެވެ. 

    ]]>
    Sat, 04 Apr 2026 03:48:36 +0500 މުއާޒު
    އަމާޒަކީ އުޒުރު ނުދައްކާ މައްސަލަތަކަށް ހައްލު ހޯދައިދިނުން: އާޒިމް https://heerasnews.com/4026 https://heerasnews.com/4026 މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް މާލެ ސިޓީގެ ރައްޔިތުންނަށް އެންމެ ފަހު ވަގުތުވެސް ދެއްވަނީ ތަފާތު މެސެޖެކެވެ. އުހުލާސް ތެރި މެސެޖެކެވެ. ބަދަލު ހިފުމެއް ޖަދަލުކުރުމެއް ނެތްކަމުގެ މެސެޖެވެ. ބަހަނާ ނުދައްކާ މައްސަލަތަކަށް ހައްލު ހޯދާދިނުމަށް ނިކުމެ ހުރި ކަމުގެ މެސެޖެވެ.

    އާދަމް އާޒިމުގެ މެސެޖު ވަރަށް ސާފެވެ. ވަރަށް ސާދާއެވެ. އެހާމެ އިހުލާސްތެރިއެވެ. ދެގޮތެއްނުވެ މާލެސިޓީގެ ހިދުމަތުގައި ހުންނެވިކަން ސާބިތުކޮށްދެއްވައިފިއެވެ. އާޒިމް ބަސްވިދާޅުވެއްޖެއެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ.

    އާޒިމްގެ މެސެޖު:

    " ވަރަށް އާދައިގެ ގޮތަކަށް ފެށި މި ދަތުރުގައި، މިއަދު މިހިސާބަށް އާދެވިފައި މިވަނީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލައި ކުރެވުނު ބުރަ މަސައްކަތުންނެވެ.

    އަޅުގަނޑުގެ ހަމައެކަނި މަގްސަދަކީ އިހުލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމެވެ. އަދި ދުވަހުން ދުވަހަށް އެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުމެވެ.

    އަޅުގަނޑުގެ އާއިލާއާއި، ގާތް ރަހުމަތްތެރިންނާއި، އެކުގައި މަސައްކަތްކުރާ އެކުވެރިން ދެއްވާ ބަދަލެއްނެތް އެއްބާރުލުމަށް ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ހާއްސަކޮށް އަޅުގަނޑުގެ މައިންބަފައިންނާއި، އަނބިމީހާއާއި ދަރިންގެ ފަރާތުން ލިބޭ ހިތްވަރާއި އެހީތެރިކަން ފާހަގަކުރަމެވެ. މިއީ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ ދަތުރެކެވެ.

    އަޅުގަނޑުމެންގެ މުޖުތަމައަކީ ސާބިތުކަމާއި، އަމަލީ މަސައްކަތާއި، ފެންނަން ހުރި ނަތީޖާއަށް ބޭނުންވެފައިވާ މުޖުތަމައެކެވެ. އެންމެން ފަހުރުވެރިވާފަދަ މާލެ ސިޓީއެއް ބިނާކުރުމަށްޓަކައި، އެންމެ ފުރިހަމަ ގޮތުގައި މަސައްކަތްކުރުމުގައި އަޅުގަނޑު ސާބިތުކަމާއެކު ދެމިހުންނާނަމެވެ.

    އުޒުރު ދެއްކުމުގެ ބަދަލުގައި އަޅުގަނޑުގެ އަމާޒަކީ ހަމައެކަނި މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ. ސަބަބަކީ ހަގީގީ ކުރިއެރުމަކީ، ރައްޔިތުންގެ ގާތަށް ގޮސް، އަޅުގަނޑުމެން މި ހިދުމަތް ކުރަނީ ކޮން ބަޔަކަށްކަން އަބަދުމެ ހަނދާނުގައި ބަހައްޓައިގެން ކުރާ މަސައްކަތުން ލިބޭ އެއްޗަކަށްވާތީއެވެ."                  

    ]]>
    Fri, 03 Apr 2026 00:55:15 +0500 މުއާޒު
    ދެއިންތިހާބު އެއްކޮށްލުމުން ޕީއެންސީ ނޫން ބަޔަކަށް ވެރިކަމެއް ނުލިބޭނެ! https://heerasnews.com/4025 https://heerasnews.com/4025

    ރައީސް މުއިއްޒެއް ކަމަކު މޮޅުވާހަކަ ދައްކައިގެން ރައްޔިތުންނަށް އޮޅުވާލަން ނޫޅޭށެވެ. ދެއިންތިހާބު އެއްކުރުމުން ރައީސް ކަމަށް ހޮވޭނެ މީހަކު ނޭނގޭނެ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ލިބޭނީ ކޮން ބަޔަކަށް ކަން ނޭނގޭނެ ކަމަށް ބުނެ އޮޅުވާ ނުލާށެވެ. މުޅި އުމުރު ޕީއެންސީ ވެރިކަމުގައި އޮތުމަށް އަމާޒު ހިފައިގެން ދެ އިންތިހާބު އެއްކޮށްލަން ނޫޅޭށެވެ. 

    މަގާމުގައި ހުރި ރައީސް ވާދަކުރާ ރިޔާސީ އިންތިހާބަކާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތުމުން ހަތަރެސްކަން ހަމަވާނެއެވެ. ސަރުކާރުގެ ނުފޫޒާ ބާރާ ފައިސާ ހޭދަކޮށްގެން ދެ އިންތިހާބު ފޭރިގަންނާނީ ވެރިކަމުގައި އޮންނަ ޕާޓީންނެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީ ނަގާނީވެސް ވެރިކަމުގައި އޮންނަ ޕާޓީންނެވެ. 

    ވާދަވެރި އެއްވެސް ޕާޓިއަކަށް ދެ އިންތިހާބު އެކުގައި އޮތުމުން ސަރުކާރު ހިންގާ ޕާޓީއާ ވާދައެއް ނުކުރެވޭނެއެވެ. މަރަށް ފުރާނައަށް ވާދަވެރި ޕާޓީއަކަށް މަޖިލީހުން ގޮނޑިއެއް ފަހަރެއްގައި ލިބުނަސް މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބުންވާނީ މުސްތަހީލު ކަމަކަށެވެ. ހުރިހާ އިދިކޮޅު ޕާޓީ ގުޅިގެން ރައީސްކަމަށް އެކަކު ނެރުނަސް ސަރުކާރު ހިންގާ ޕާޓީއާ ވާދަކޮށްގެން ހުރި ރައީސް ނޫން ގޮތެއް ހޯދާކަށް ލާހިކެއް ނޫނެވެ.

    އަނެއްކޮޅުން މަޖިލިސް ގޮނޑިއެއް ވާދަވެރި ޕާޓީއަކަށް ލިބުނަސް ލިބޭނީ އިދިކޮޅު އެންމެން ގުޅިގެން ދާއިރާ ގޮނޑިއަށް އެއް ކެންޑިޑޭޓަކު ނެރެގެންނެވެ. އެނޫން އެއްވެސް ގޮތެއް ސަރުކާރު ހިންގާ ޕާޓީއަތުން މަޖިލީހުގެ ގޮނޑިއެއް ހޯދޭނެ ނުއޮންނާނެއެވެ.

    އެއްބަހެވެ. މިހާރު އޮތްގޮތުން އެކަކަށް ގިނަވެގެން ރައީސްކަން ކުރެވޭނީ ދެ ދައުރެވެ. ދެން ޖެހޭނީ އެހެން މީހަކަށް ފުރުސަތު ދޭށެވެ. ދެދައުރު ރައީސްކަންކުރާ މީހާއަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވުނަސް އޭނާ ނިސްބަތްވާ ވެރިކަންކުރާ ޕާޓީން ތިންވަނަ އަދި ހަތަރުވަނަ ދައުރާއި ދެންވެސް އޮތްހާތާކަށް ރިޔާސީ ކެންޑިޑޭޓަކު ނެރެ ވެރިކަމާއި މަޖިލިސް ހޯދުމަކަށް ހުރަހެއްނެތެވެ.

    ދެ އިންތިހާބު އެއްކޮށްގެން ވެރިކަމުގެ އާރާބާރުގައި ހުރެގެން ފަސޭހަކަމާއެކު މުއިއްޒަށް ދެވަނަ ދައުރު ހޯދޭނެއެވެ. މުއިއްޒުގެ ދެ ދައުރު ނިމުމުން ވެރިކަން ކުރާ ޕީއެންސީން އެހެން މީހަކު ވެރިކަމަށް ނެރެ އިންތިހާބު ކުރުމަކަށް އެއްވެސް ހުރަހެއް ނުއޮންނާނެއެވެ. އޭރުން މީގެ ފަހުން ރާއްޖޭގައި ދެން ވެރިކަން ކުރާނީ ޕީއެންސީންނެވެ. ވާދަވެރި ޕާޓީއަކަށް ވެރިކަމާ ގާތްވެސް ނުވެވޭނެއެވެ.

    ]]>
    Thu, 02 Apr 2026 15:08:49 +0500 މުއާޒު
    އެއްވެސް އިންތިހާބެއް ނުބޭއްވުމުން އިންތިހާބަށް ހަރަދެއް ނުހިނގާނެ! https://heerasnews.com/3783 https://heerasnews.com/3783 ދެ އިންތިހާބު އެއްކޮށްލައިގެން ރައްޔިތުންނަށް ވާނެ މޮޅެއް ނެތެވެ. ސިޔާސީ ގޮތުން ލިބޭނެ ހަމަ ޖެހުމެއް ވެސް ނެތެވެ. ހުރިހާވެސް މޮޅެއް އޮތީ ވެރިކަމުގައި ހުންނަ ރައީސަށާއި އޭނާ ނިސްބަތްވާ ޕާޓީއަށާއި އޭނާއަށް ބައިއަތު ހިފައިގެން އުޅޭ މަހުޖަނުންނަށެވެ.

    ގިނަ ގިނައިން އިންތިހަބު އޮތިއްތާ ރައްޔިތުންނާ ހަމައަށް ގިނަގިނައިން އެމީހުންނަށް އަންނަން ޖެހޭނެއެވެ. ގިނަ ކަންތައް ކޮށްދޭން ޖެހޭނެއެވެ. މުޅި ފަސް އަހަރު އެކުގައި ދައުލަތް ވީދާ ނޮޅާކައިފާ ފަސްއަހަރުން އެއްފަހރު ރައްޔިތުން ގާތަށް ދިޔައިމަ ކުރަން ޖެހޭ ހަރަދު ކުޑަވެފައި ފަސޭހަ ވާނެއެވެ. ވައުދުވެ ވައުދު ނުފުއްދިޔަން އެކަމާ ކުރި މަތިލާން ޖެހޭނީ އެއް ފަހަރެވެ.

    ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމުން މަޖިލިސް މެންބރުން ހޮވުމަށް ހޭދަނުކޮށް ހަމައެކަނި ރައީސަކު ހޮވަން ހަރަދުކޮށްގެން ފަރުޖައްސާލެވޭނެއެވެ. ރިޔާސީ ކެންޑިޑޭޓާއެކު ކޮންމެ ޕާޓީއަކުންވެސް 94 ރަނިންމޭޓުން ނެރުމުން ނިމުނީއެވެ. އޭރުން ގާސިމާއި ޝިޔާމާއި އުއްޗު ކަހަލަ މަހުޖަނުންނަށް ކުރަންޖެހޭ ހޭދަ ކުޑަވެދާނެއެވެ. އެކަމަކު އާއްމު ރައްޔިތު މީހާއަށް ވަނީ ގެއްލުމެވެ. 

    ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އެއްކުރުމަކުން ވަކި ހަރަދެއް ކުޑައެއް ނުވާނެއެވެ. ފުލުފުލުގައި އިންތިހާބު ބޭއްވިޔަސް ހަރަދު ކުޑަކުރެވޭނެ ގޮތްތައްބައިވަރެވެ. އެގޮތަތްކަށް ހަރަދުތައް ކުޑަކޮށްލަން ކެރޭނެހެއްޔެވެ. 

    ރައީސުލްޖުމްހޫރިއްޔާގެ މުގައްދަސްކަން ބޮޑުކޮށް ޝެހެންޝާނުހެދެން ކޮންމެ ދުވަހަކު ކުރާ ހޭދަތައް ކުދަކޮށްލާ ހަމަ ބިމަށް ފައިބައިގެން ހަރަދުކުޑަކުރުމުގެ ހިއްވަރު ހުންނާނެ ހެއްޔެވެ. ވަޒީރުންގެ މަޖިލިސް ކުޑަކޮށް ވުޒާރާތަކާއި އޮފީސްތައް މަދުކޮށް މީހުނަށް މަގާމު ދިނުމުގެ ބަދަލުގައި ކުރަން ހުންނަ ކަންތައް މަސައްކަތަށް ލާޒިމު މިންވަރަށް ވަޒީފާއަށް މީހުން ބައިތިއްބާފައި ބާކީ އެންމެން ވަކިކުރުމުގެ ހިއްވަރު ހުންނާނެ ހެއްޔެވެ. އަނެއްކޮޅުން ބައި އަޅައިގެން ހިންގާ އަގުބޮޑު މަޝްރޫއުތައް އޭގެ ހަމައަގުގައި ކަމިޝަނެއް ނެތި ކުރެވޭނެ ގޮތަށް އިންތިޒާމުކޮށްލަ ބަލާށެވެ.   

    ސިޔާސީ ވެރިންނަށް އިންތިހާބު ބާއްވައިގެން ހަރަދު ބޮޑުވަންޏާ ރިޔާސީ އިންތިހާބެއް މަޖިލިސް އިންތިހާބެއް އެއްގޮތަކަށްވެސް ނުބާއް ވާ އިންތިހާބީ ހަރަދުތައް އެއްކޮށް ސުމަކަށް ތިރިކޮށްލެވިދާނެއެވެ.

    މުއިއްޒާ ހަމައިން ވިރާސީ ރަސްކަމަކަށް ވެރިކަން ފޮރޮޅާލާ ގާނޫނަކީ ވިދާޅު ބަސފުޅުކަމަށް ހަދާލުމުން އިންތިހާބީ ހަރަދުތައް ސުމަކަށް ގެނެވޭނެއެވެ. އޭރަކުން އިލެކްޝަން ކަމިޝަނެއް އެތަން ހިންގަން ހިނގާ ހަރަދެއް ނުހިގާނެއެވެ. އަނެއްކޮޅުން އިންތިހާބެއް ބޭއްވުމަށް ހިނގާ ހަރަދެއް އެއްގޮތަކަށްވެސް ނުހިނގާނެއެވެ. ވޯޓު ހޯދާކަށް ހަރަދު ކުރާކަށްވެސް ނުޖެހޭނެއެވެ.

    ]]>
    Wed, 01 Apr 2026 18:42:29 +0500 މުއާޒު
    ނަޝީދު މަގުމަތީގާ ބަހައްޓައިގެން ސަރަނގޭ ދަވާލަނީ ދައުލަތް https://heerasnews.com/4023 https://heerasnews.com/4023 ސަރަނގު އާދަމަނިކު ބުނާ ގޮތުގައި އޭނާގެ ސިޔާސީ ނާރެހަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭނާ އެމްޑީޕީއާ އެންމެ ފުރަތަމަ ގުޅުނީވެސް ރައީސް ނަޝީދު އެދިވަޑައިގެން އެދިވަޑައި ގަތުމަކަށް ކަމުގައި އާދަމް މަނިކު ބުނެފައިވެއެވެ. މާލެ ސީޓީގެ ފުރަތަމަ މޭޔަރަކަށް ވީވެސް އެ ވިސްނުމުގައި ރައީސް ނަޝީދަށް ކޮށްދިން ކަމެއްގެ ގޮތުގައި ކަމަށް އާދަމް މަނިކު ސިފަކުރެއެވެ. 

    އަސްލު އެމްޑީޕީއެއް މިހާރު ނެތްކަމަށް ބުނެ ސަރަނގު އާދަމް މަނިކު މުއިއްޒުގެ ޕީއެންސީއާ ގުޅި ޕީއެންސީ މޭޔަރ ކެންޑިޑޭޓަށް ތާއީދުކުރާކަން އާދަމް މަނިކު އިހަށްދުވަހު ވަނީ ފާޅުކޮށްފައެވެ. ޑރ. ވަހީދަށް ގައުމީ އިއްތިހާދު ހަދާދިންކަމަށް ދައުވާ ކުރާ ސަރަނގު އާދަމް މަނިކު ގައުމީ އިއްތިހާދު ހަދައިގެން ވަހީދު ފޫބުޑުން މަންފާ ހޯދަމުން ދިޔައީ އެބުނާ ސިޔާސީ ނާރެސް ރައީސް ނަޝީދު ވެރިކަމުން ވައްޓާލުމަށް ފަހު ޑރ. ވަހީދުގެ މޯހިރުންނެވެ. 

    ސަރަނގު އާދަމް މަނިކު ޑރ. ވަހީދުގެ ގައިރު ގާނޫނީ ވެރިކަމުގައި ދައުލަތް ނޮޅާ ކެއުމުގެ ކުރީ ސަފުގައިހުރެގެން ހޭވިހާ ހަޑިއެއް ހޭވީ ރައީސް ނަޝީދު އެމްޑީޕީގެ ލީޑަރޝިޕްގައި ގަދަކޮށް ހުއްނަވަނިކޮށެވެ. ހަރާން ބަގާވާތަކުން ވެރިކަން ވައްޓާލުމުން އާދަމް މަނިކުގެ ސިޔާސީ ނާރެސް ކަމުގައިވާ ރައީސް ނަޝީދު އަސްލު އެމްޑީޕީއާއެކު މަގުމަތީގައި ހުންނެވި އިރު އާދަމް މަނިކު އުޅުނީ ވަހީދުގެ ހިޔަނީގައި ދައުލަތް ދަވާލުމުގައި އަވަދިނެތިއެވެ.

    ސަރަނގު އާދަމް މަނިކަކީ ހައްގުނޫން މަންފާތައް ދައުލަތުން ނެގުމުގައި އަބަދުވެސް އަރާ ހުންނަ މީހެކެވެ. ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުރެގެން ދައުލަތް ލޫޓުވާ ނުލެވުނީމާ ބޮޑު ހޯގުޅާތަކާ ގުޅިގެން ވެރިކަން ވައްޓާލީއެވެ. މިސާލީ ލީޑަރ ކަމަށް އާދަމް މަނިކު ބުނާ ރައީސް ނަޝީދަށާއި އެ ބުނާ އަސްލު އެމްޑީޕީއަށް ކުރި އިހުތިރާމެއް ނެތެވެ. ވީހާލެއްގައިވެގެން އާދަމް މަނިކަކަށް ނޫޅެވުނެވެ.

    އެމްޑީޕީގެ ދެވަނަ ވެރިކަމުގައިވެސް އާދަމް މަނިކު ހުރީ އެމްޑީޕީއާ އެއްކަކު ނޫނެވެ. އެންމެފަހުން އޮތް ރިޔާސީ އިންތިހާބުގެ ފަހުބުރުގައި ރީދޫ ގަމީސްލައިގެން ރައީސް ސޯލިހުގެ ތޮއްވަރިއަށް ވަދެ އުޅުނީ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ލިބިއްޖެނަމަ ދައުލަތް ނޮޅާލަން އާދަމް މަނިކަށް ފުރުސަތެއް ލިބިދާނެކަމަށެވެ. ނުހޮވުނު ހިސާބުން ހިޔަޅަށް މޭބިސްކަދުރު ހުތް ވީއެވެ.

    އެމްޑިޕީއަށް ވެރިކަން ގެއްލި ރައީސް މުއިއްޒުގެ ވެރިކަން ޑިކްޓޭޓަރޝިޕަކަށް ބަދަލުވާތަން ފެނި ދައުލަތް ދަވާލަން ހުރި ދަހިވެތިކަމެއްގެ ބޮޑުކަމުން ދަނޑިވަޅު ބަލާފައި ޕީއެންސީއަށް ވަނީ ނޫންކަމަކަށް ނުވާނެއެވެ. ޕީއެންސިއަށް ފުންމާލިއިރު އާދަމް މަނިކު ބުނާ އެއްކަލަ ސިޔާސީ ނާރެސް ރައީސް ނަޝީދު ހުންނެވީ ގަދަކޮށް އެމްޑީޕީގައެވެ. އަވަދިނެތި އެމްޑީޕީއަށް ތާއީދު ހޯއްދެވުމުގެ މަސައްކަތުގައެވެ. އެކަމަކު ސަރަނގު އާދަން މަނިކަށް ފެނުނީ މުއިއްޒު ގާތުން ނެގެން އޮތް ބޮޑު ފައިދާއާއި ހިޔާނާތު މައިދޮރާއްޓެވެ. 

    ]]>
    Wed, 01 Apr 2026 15:24:38 +0500 މުއާޒު
    ދެރައީ މުއިއްޒުގެ ފުށުން އިންސާފު ލިބުމަށް އުންމީދުކުރުން https://heerasnews.com/4020 https://heerasnews.com/4020 މުއިއްޒާ ދެކޮޅަށް ސްޕްރީމް ކޯޓަށް ދިޔަސް ލިބޭނެ އިންސާފެއް ހަރާމުން ހަރާމެވެ. ދެރައީ އިންސާފު ލިބޭނެކަމަށް ކޯޓަށް ދާތީއެވެ. މިޙާރު އޮތް ޖުޑިޝަރީން މުއިއްޒު ބޭނުން ނޫން ގޮތަކަށް ހުކުމެއް ނެރެފިއްޔާ ލޮނުލައިގެން ބަތެއް ނުކާނަމެވެ. 

    ރައްޔިތުންގެ މަޖިލީހު މެންބަރުން ވަކިކުރުމުގެ ބާރު މުއިއްޒު އަތަށް ކަހާލުމުން ކޯޓުން ކަމެއް ނުކުރަނީސް ކޮށްފާނެކަމަށް ހީކޮށް ކުރިކަންތައް ފެންނާނެެެވެ. ސްޕްރީމް ކޯޓުގެ ބެންޗަށް ވީގޮތް ފެންނާނެއެވެ. 

    ގޮނޑިކޮއްކޮ މަޖިލީހާއި ޕަޕެޓް އިލެކްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމެއް ސާހިބުގެ ބުމަރު ފަނޑިޔާރުގެއަށް ގޯސްވާނެ ގޮތެއް ނުއޮންނާނެއެވެ. ގޯސްކޮށްފިނަމަ ފަނޑިޔާރުން ތިބޭނީ ގޯނި އަންދަވާފައެވެ.

    އަންތަރީހެއް ނުވެއެވެ. މުއިއްޒު އެހިނދަކަށް ބޭނުން ވެގެން ގާނޫނުއަސާސީއަށް ބަދަލު ގެންނަނީ ހަމަޔާއި އުސޫލުން ބޭރުން ގާނޫނާ ހިލާފަށެވެ. އިލެކްޝަނުން އިންތިހާބު ބާއްވަނީ ގާނޫނާ ހިލާފަށެވެ. ސްޕްޜީމްކޯޓުން މުއިއްޒުގެ މަސްލަހަތުގައި ހުރިހާ އިދާރާ އަސާސީއާއި ހިލާފުވިޔަސް އެހުރިހާކަމެއް ލެޖިޓިމޭޓް ކޮށްދެއެވެ. 

    ފެންނަ ނުފެންނަ ވޯޓާއި ކައުންސިލް އިންތިހާބު އޮޅުވާލާ މުއިއްޒު ބޭނުންވާ ގޮތަށް ނަތީޖާ ނެރެދޭނެއެވެ. ވޯޓު އޮޅުވާލުންވެސް ސްޕްރީމްކޯޓުން ހަލާލު ކޮށްދޭނެއެވެ. ދެރައީ ވާދަވެރިން ވެސް މުއިއްޒުގެ މުށްޕަތުން އިންސާފު ލިބޭނެ ކަމަށް އުންދުކުރުމެވެ.

    ]]>
    Tue, 31 Mar 2026 17:43:42 +0500 މުއާޒު
    ސަސްޕެންޝަނުން ވައްކަން ހަލާލުކޮށް ސަނީހު ކައުންސިލަށް https://heerasnews.com/4018 https://heerasnews.com/4018 މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ މެދު ދާއިރާ ތަމްސީލުކުރަން ޕީއެންސީ ނިކުމެއުޅޭ ސަނީހަކީ އޭނާގެ ކޮރަޕްޝަނާއި ހިޔާނާތުގެ ތަޖުރިބާގެ އަލީގައި ދަވާލަން މާލެސީޓީ ކައުންސިލަށް ޕީއެންސީން ވައްދަން އުޅޭ މީހަކީ ހެއްޔެވެ. އެހެން ނޫންނަމަ ކޮރަޕްޝަނާ ހިޔާނާތުގެ އެތައް ރެކޯޑެއް އޮތް ސަނީހަށް ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެއް ނުދިނީހެވެ. ހުރިހާ ދިމާލަކުން ދައުލަތް ދަވާލަން ވެރިކަމާ ހަވާލުވެގެން ތިބި ބައެއްގެ ޓިކެޓްގައި ސިޓީ ކައުންސިލަށްވެސް ނެރޭނީ ދަވާލުމުގެ ތަޖުރިބާ ހުރި މީހެއްތާއެވެ. 

    އެޗްޑީސީގެ ރިއަލް ސްޓޭޓްގެ އިސްމީހަކަށް ކުރިން ހުރި ސަނީހަކީ ވޯޓަރ ތީމް ޕާކަށް ވަގަށް ބޮޑެތި ލޮރީތަކެއް ވައްދައިގެން 20 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަގަށް ގެންގޮސްފައިވާކަން ރެޑްހޭންޑެޑްކޮށް އަތުލާގެންފައިވާ ހިޔާނާތްތެރިއެއްކަން އޯޑިޓަށް ސާބިތުވެފައިވާ މީހެކެވެ. އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްއާ ގުޅިގެން ސަނީހު އެޗްޑީސީގެ ދަށުގައިވާ ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުން ޖުމްލަ 87 ބިމަކާއި، 26 ކޮމާޝަލް ޔުނިޓް ބޮޑެތި އަދަދުތަކުން ރިޝްވަތު ނަގައިގެން އުސޫލްތަކާ ހިލާފަށް އެކި ފަރާތްތަކަށް ވިއްކާފައިވާކަން ވެސް ތަހްގީގަށް ސާބިތުވެފައިވެއެވެ.

    ވޯޓަރތީމް ޕާކްގައި ހުރި 20 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަގަށް ނެގިކަމަށް ތުހުމަތުވުން އެޗްޑީސީގެ ޗީފް ރިއަލް-ސްޓޭޓް އޮފިސަރގެ މަގާމުގައި ހުރި ސަނީހު ސަސްޕެންޑް ކުރިއެވެ. އެޗްޑީސީގެ އޮޑިޓަށް ރަނގަޅަށް އެކަން ސާބިތުވުމުން މަގާމުން ވަކިކުރިއެވެ.

    ސަނީހު މަގާމުން ވަކިކޮށް ފުލުހުންނާ ހަވާލުކުރަން އެޗްޑީސީގެ އޭރުގެ އެމްޑީ މައުރޫފް (މާއި) ނިންމެވިއެވެ. އެހެންނަމަވެސް ސަނީހަށް އަދަބު ދިނުމުގެ ބަދަލުގައި ރައީސް މުއިއްޒުގެ ކޮރަޕްޓް ސަރުކާރުން ހިޔާނާތުގެ ހަދިޔާއަކަށް ދިނީ ވެމްކޯގެ ޕްރޮކިއުމެންޓް ހެޑްގެ ވަޒީފާއެވެ. 

    ސަނީހު ފަޒުލާއި ގުޅިގެން ހިންގިހާ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަން ސާބިތުވިޔަސް ދުވަސްކޮޅަކު ސަސްޕެންޝަނުގައި ބެހައްޓާލުމުން ސާފުވެ ސާފު ބޯކިރުފޮދަކަށް ސަނީހު ބަދަލުވީއެވެ. ސަނީހުގެ ކުރިކަމަށް ސާބިތުވި ވައްކަންތަކާއި ބައިވެރިވި ހިޔާނާތްތަކަށް ފަސްއެޅި ފޮރުވުނީއެވެ. 

    ލަހެއްނުވެ ފެނިގެން ދިޔައީ ވެމްކޯގެ މުޅި ޕްރޮކިއުމެންޓް ސަނީހާ ހަވާލުކުރަން މުއިއްޒު ނިންމިތަނެވެ. ސަނީހުގެ ހުރި ހިޔާނާތާއި ކޮރަޕްޝަންގެ ހުނަރާއި ތަޖުރިބާ ބޭނުންކޮށްގެން ރައްޔިތުންގެ މުދާ ފޭރި، މުޅި ވެމްކޯ ދަވާލުމަށް މަގުފަހިކޮށްދިންތަނެވެ. އެވަރުގެ މީހަކު ސިޓީ ކައުންސިލަށް ޓިކެޓްދީފައި ނެރޭނީ އެހެން ކަމަކު ނޫނެވެ.

    ސަނީހުގެ މައްޗަށް ސާބިތުވެފައި ހުރި މައްސަލަތައް އޮއްބާލާ ފަސްއަޅާފޮރުވާ މައުސޫމު މީހެއްގެ ސިފައިގައި ހުޅުމާލެ މެދު ތަމްސީލްކުރަން ސިޓީކައުންސިލަށް ސަނީހަށް ވޯޓުދޭނީ ވައްކަމާއި ހިޔާނާތަށް ކޮރަޕްޝަނަށް އާނއެކޭ ބުނާ މީހެކެވެ.   

    ]]>
    Tue, 31 Mar 2026 15:55:30 +0500 މުއާޒު
    ޖެންޑަރ މިނިސްޓަރަށް: ލާހޫރެންޏާ ކަނަށްވެސް ގޮވާނެ! https://heerasnews.com/4019 https://heerasnews.com/4019 އައިޝަތު ޝިހާމެވެ. މުއިއްޒު ސަރުކާރަކީ ކަނަކު އިޝާނަމާދަށް ދާނެން ލާހޫރޭ ސަރުކާރެކޭ ބިނުމުން ތިޔަ ހިތުގައި ޖެހުނީ މާވަރަކަށެވެ. ލާހޫރޭންޏާ ލާހޫރޭކަން މިސާލު ޖަހާ މީހުން އެވާހަކަ ނުދައްކާނެ ގޮތަކީ ނެތް ގޮތެކެވެ. ލޯފަން މީހުންނާ ގުޅުވައިގެން ޖަޒްބާތުގައި ޖެހުނަކަސް އެޒާތުގެ މަޖާޒީ މިސާަލަކީ ނުކުޅެދުން ތެރިންނަށް ކުޑައިމީސް ކުރަނީ ކަމަށް ދައްކައިގެން ފޯކަސް ބަދަލުކުރަން ނޫޅޭށެވެ. އެކަމެއް ނުވާނެއެވެ. 

    ވާހަކަ ދެއްކުމާއި ލިޔުމުގައި މަޖާޒީ މިސާލުޖެހުމަކީ ދުނިޔޭގައި އައުކަމެއް ނޫނެވެ. އިނގިރޭސި ބަހާ އެހެނިހެން ކުރިއަރާައިވާ ބަސްތަކުގައިވެސް އެޒާތުގެ މަޖާޒީ މިސާލުބަސް ނިކަން ގިނައެވެ. އެއިން ބަހެއް މީހަކު ބޭނުން ކުރާ ކޮންމެ ފަހަރަކު ބައެއްގެ އިންސާނީ ކަރާމާތް ގެއްލިގެން ބަޔަކު ހިރުވައިގަނެގެނެއް ނޫޅެއެވެ.

    މަޝްހޫރު އިނގިރޭސިބަހުގެ މުހާވިރާތަކުގެ ބައެއް މިސާލު ދެކި ބަލާށެވެ. " ލޯކަނު މީހުންގެ ރަސްކަމެއްގައި އެއްލޮލަށް ފެންނަ މީހާއީ އެމީހުންގެ ރަސްގެފާނެވެ." ހަމަ އެހެން " ތަސައްވުރެއް ނެތް މީހަކީ ކަނު މީހެކެވެ." އަނެއްކާ " ލޯތްބާ ޖެހުމުން ގިނަ ފަހަރަށް އެންމެންނަކީ ވެސް ކަނު ބައެކެވެ" މިހެންވެސް ބުނެ އުޅެއެވެ. މި ޒާތުގެ މިސާލުބަސްތައް ބޭނުން ކުރުމުން ނުކުޅެދުންތެރިންނަށް ފުރައްސާރަ ކުރުމަށްވެގެން ވަރުގެ ކޮޅަށް ބަޔާން ނެރެ ބަޔަކު ކަންބޮޑުކޮށް އުޅޭތީއެއް ނުފެނެއެވެ.  

    ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލްގެ ނަމުގައި ބަޔާން ނެރެ ސިޔާސީ ގޮތުން ތިޔަހެންދޭ އިންޒާރަކަށް ބިރުން ބޮނދާ ތިބޭ ބަޔަކަށް އެމްޑީޕީ ހެދިދާނެ ކަމަށް ހީވަނީ ހެއްޔެވެ. ގާނޫނުގެ އެކި މާއްދާ ދައްކައިގެން ބިރުދައްކައިގެން ސަރުކާރަށް ފާޑުކިޔުން ހުއްޓުވިދާނެ ކަމަށް ހީކުރެވުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަމެވެ. 

    ކީރިތި ގުރުއާންގެ ބަގަރާ ސޫރަތުގެ 18 ވަނަ އާޔަތްވެސް ނުދެކެން ހެއްޔެވެ. އެ އާޔަތުގައި ހައްދަވާ ގެންގުޅުއްވާ އިލާހު މުސްތަހުޒިއުން ސިފަކުރައްވާ މިސާލު ޖައްސަވާފައި އެއޮތީ ތިޔަ ބުނާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ސިފަތަކަކުން ނޫން ހެއްޔެވެ. މުތަހުޒިއުންނަކީ ކަނު ބީރު މަންމަން ބައެއްގެ ގޮތުގައި މިސާލު ޖައްސަވާފައި އޮތްކަން ނޭނގޭ ހެއްޔެވެ. ފަހަރެއްގައިވެސް އެއިއްޔަކީ ނުކުޅެދުންތެރިންނަށް އޮތް ކުޑައިމީސްކުރުމުގެ ވަހީ ބަސްފުޅެއް ނޫނެވެ. 

    ]]>
    Mon, 30 Mar 2026 16:45:11 +0500 މުއާޒު
    މަޖިލިސް އުފެދޭގޮތާއި ސިޔާސީ ހަގީގަތް ދިމާނުވޭ: އައިމަން https://heerasnews.com/4017 https://heerasnews.com/4017 މައިނޯރިޓީއަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބިގެން އެމީހުންގެ ވިސްނުމަށް ގައުމުގެ ކަންކަން ބައްޓަންވެގެން ދިޔުމަކީ ގައުމު ހަމަ މަގުން ކައްސާލާފައި އޮންނަ އެންމެ ބޮޑު ސަބަބެވެ. ރައްޔިތުންގެ މައިނޯރިޓީން އުފެދޭ މަޖިލީހެއްގެ ސްޕަމެޖޯރިޓީ ވަކިބަޔަކަށް ލިބިގެން ރައްޔިތުންގެ މަޖިލިސް އުފެދުމަކީ ގައުމުގެ ކަންކަން ފާލު ނައްޓާލާ މައިގަނޑު ސަބަބެވެ. 

    ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އައިމަން ވެސް ވިދާޅުވަނީ ދެ އިންތިހާބު އެއްކުރުމަކުން ނުވަތަ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން ސަރުކާރަށް މިހާރު ލިބޭގޮތަށް ސްޕަމެޖޯރިޓީ ލިބުން ހުއްޓުމަކަށް ނާންނާނެކަމަށެވެ. މިހާތަނަށް ސަރުކާރުތަކަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަމެޖޯރިޓީ ލިބެނީ ރައްޔިތުންގެ ސްޕަމެޖޯރިޓީ ލިބިގެން ނޫންކަމަށް ވެސް އޭނާ ވިދާޅުވެއެވެ. 

    " ސަރުކާރުތަކަށް ހީވާކަހަލަ އެމީހުންނަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަމެޖޯރިޓީ ލިބެނީ ރައްޔިތުންގެ ސްޕަމެޖޯރިޓީ ލިބިގެންނޭ. އެއީ އެކަމަކު އެ މީހުނަށް ހީވާ ވަރަށް ބޮޑު ކުށްހީއެއް" އައިމަން ވިދާޅުވިއެވެ. އައިމަން ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު އެމްޑީޕީއަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިނުނީ ރައްޔިތުްގެ ޖުމްލަ ވޯޓުގެ 46.83 ވޯޓެވެ. ހަމައެހެން 2024 ގައި ޕީއެންސީއަށް މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބުނީ 47.5 ޕަސެންޓް ވޯޓުން ކަމަށް އައިމަން ވިދާޅުވިއެވެ. 

    މަޖިލިސް އުފެދޭ ގޮތާއި ރާއްޖޭގެ ސިޔާސީ ހަގީގަތް ދިމާނުވާކަމަށް އައިމަން ވިދާޅުވެއެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރަން ތިބި ގިނަ މެންބަރުންނަކީ ދާއިރާއަަށް ވޯޓުދިން ރައްޔިތުންގެ އަގުލަބިއްޔަ ވޯޓު ލިބިފައިތިބި ބައެއް ނޫނެވެ. މަޖިލިސް އުފެދުން އެހެން އޮތްހާ ދުވަހަކު އިންތިހާބު އެއްކުރުމަކުން ނުވަތަ ވަކިކުރުމަކުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

    ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ ބާރުކެނޑި ދަތްނެތް ސިންގާ ތަކަކަށް އެތަންތަން ބަދަލުވެ ޗެކް އެންޑް ބެލެންސް ނިޒާމުގެ ވާގިނެތެނީ އެހެން ވެހގެންނެވެ. ސަރުކާރު ޖަވާބުދާރީ ނުކުރެވެނީ އެހެން ވެގެންނެވެ. އަޒުލުކޮށްފާނެ ކަމުގެ ބިރު ނުގަނެ ހިތުހުރި ގޮތަކަށް ރައީސް ދައުލަތް ހިންގަނީ އެހެން ވެގެންނެވެ. 

    ދާއިރާތަކުގެ ރައްޔިތުންގެ އަގުލަބިއްޔަތު ތާއީދުނުކުރާ މަންދޫބުންނަކީ ހަގީގަތުގައި ރައްޔިތުންގެ މަންދޫބުންނެއް ނޫނެވެ. ހަގީގީ ރައްޔިތުންގެ މަންދޫބުން ތިބޭ މަޖިލީހަކުން މިހާރު މިފެންނަ ކަހަލަ ގައިރު ޒިންމާދާރު ކަންކަމެއް ނުފެންނާނެއެވެ.

    ]]>
    Mon, 30 Mar 2026 12:42:53 +0500 މުއާޒު
    ފުވާދަށް: ނޫނެކޭ ބުނެ މުއިއްޒު ނޯށުން ރޮއްވާލާނެ. https://heerasnews.com/4013 https://heerasnews.com/4013 ހިޔަޅު ވަގުހަންލައިގެން  އުޅެނީ މިނިކާ ވަގުންގެ ތެރެގައި އުޅެން ފަސޭހައަށެވެ. އެގޮތަށް ނަޒާހަތްތެރިކަމުގެ ފޭރާމުގައި  ވަގަކުވެސް އުޅެފާނެއެވެ. އެހެނެއް ކަމަކު ކޮންމެވެސް ހިސާބަކުން ހަގީގީ ސޫރަ ފާޅުވާނެއެވެ. 

    މާ ތެދުވެރި މާ އިހުލާސްތެރި މާ ނަޒާހަތްތެރިކަމެއް ދައްކައިގެން އުޅުނު ފުވާދު ތައުފީގުގެ އަސްލު ސިފަ މުއިއްޒުގެ ވެރިކަމާއެކު ވަނީ ފާޅުވެފައެވެ. ރައީސްކަމަށް މުއިއްޒު އިންތިހާބު ކޮށް ދިނުމަށްފަހު އިލެކްޝަނުން ނިކުމެ ހިހޫތަނުން ދައުލަތް ވިދާ ނޮޅާކާން ދިމާކުރީމާ ކާކުކުރީ ކީއްކަން ސާފު ވެއްޖެކަމަށް ކުދިން ކިޔާއުޅެއެވެ. 

    ބޭންކޮކް އެންބަސީ ހިތަކަށްދޭން ވީ ވައުދާއެކު ރިޔާސީ އިންތިހާބު މުއިއްޒަށް ހޯދާދިނުމުގައި ފުވާދުގެ ދައުރު ބޮޑުކަމަށް އެތައް ބަޔަކު ތުހުމަތުކުރެއެވެ. ފުލުވަކު ވިސްނުމުގައި އޭރު ގިނަކަންތައްތަކެއް މުއިއްޒަށް ފަހިކޮށް ދިނިމުގައި ފުވާދު އުޅޭކަމަށް ކުރެވުނު ހީތައް މިހާރު ޔަގީންވެ ނިމުނީއެވެ. 

    ޔާމީނަށް ވާދަނުކުރެވޭ ގޮތަށް ރިޔާސީ އިންތިޙާބު ތާވަލު ރާވާލުމުގައި ފުވާދުގެ ހިޔަޅުބުއްދިން ބޮޑުރޯލެއް ކުޅުނެވެ. އޭރު އޮތްވެރިކަން ފޮރޮޅާލަން ޕީޕީއެމް ބޭނުންކޮށްގެން މުއިއްޒު ހިންގި ގައުމީ ސަލާމަތަށް ނުރައްކާތެރި ދޮގު ކެންޕޭނު ފަތުއަޑުކިޔާފާ ކުރަން ފުވާދު ޖާގަ ދިނެވެ. ޝަރުއީ ހުކުމެއްގައި ޖަލުބަންދުގައި ހުރި ރައީސް ޔާމީނުގެ ފޮޓޯ ބޭނުންކޮށްގެން ގާނޫނާ ހިލާފަށް ކެމްޕޭނުކުރުން ނުހުއްޓުވާ ފުވާދު ހުރީ ލޯމަރައިގެންނެވެ. 

    ވަރުގެ ކޮޅަށް ދައުލަތުގެ ފައިސާގައި ބެންކޮކުގައި ދިރިއުޅޭ ފުވާދު ތައުފީގު ފެންނަ ނުފެންނަ ވޯޓަށް އާނއެކޭ ބުނުމަކުން މީހަކަށް ކަހެރުވަކެކެވެސް ހީއެއް ނުވާނެއެވެ. ބޮޑުތަނުން ނޫނެކޭ ބުނެ ރައްޔިތުން ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒު ނޯށުން ރޮއްވާލާނެއެވެ. 

    ]]>
    Sat, 28 Mar 2026 22:39:12 +0500 މުއާޒު
    މުއިއްޒުގެ ސިޔާސަތު ހިފައިގެންނިކުމެ ތަރައްގީއެއް ނުގެނެވޭނެ: ސޯލިހު https://heerasnews.com/4011 https://heerasnews.com/4011 ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޑރ. މުއިއްޒުގެ ސިޔާސަތު ހިފައިގެން ނުކުންނަ ކެންޑިޑޭޓުންނަށް ރަށްރަށަށް ތަރައްގީ ނުގެނެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު އެހެން ވިދާޅުވީ ފުވައްމުލަކު ސިޓީގައި ރޭ ބޭއްވި އެމްޑީޕީ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. 

    ކައުންސިލްތަކާއި އތމ ކޮމިޓީއަށް ވާދަކުރާ ޕީއެންސީން ކެންޑިޑޭޓުންގެ މައްސަލައެއް ނެތް ކަމަށާއި މައްސަލަ ހުރީ އެ ކެންޑިޑޭޓުނގެ ސިޔާސަތުތަކުގައި ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވިއެވެ.

    "މުއިއްޒުގެ ސިޔާސަތު ހިއްޕަވައިގެން ނުކުންނަވާ ބޭފުޅަކަށް ރަށަކަށް ތަރައްގީއެއް ނުގެނެވޭނެ. ތިޔައިން ރައްޔިތަކަށް ހެވެއް އެދިގެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ހަމައެކަނި ވިދާޅުވީމާ ވިދާޅުވާ ކަމެއް ކުރުން ނޫން ކަމެއް އެ ބޭފުޅުންނަށް ނުކުރެވޭނެ،" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

    ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ކައިރިން ހިދުމަތްތައް ލިބޭނެ ގޮތް ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން އެގޮތަށް ކުރަމުން ނުދާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

    މިސާލެއްގެ ގޮތުން ރައީސް ސޯލިހު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލާ އެޓޯލްސް މިނިސްޓްރީއެއް އުފައްދައި ބާރުތައް މަރުކަޒުކޮށް ދައުލަތުގެ ހަރަދު ބޮޑުކުރަން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ޕޮލިކަލް ޑިރެކްޓަރުން ލުމަށް މަސައްކަތް ފަށަފައިވާކަމަށެވެ. 

    ރޭގައި ފުވައްމުލަކު ސިޓީގައި ރައީސް ދެއްކެވި ވާހަކައިގައި ވިދާޅުވީ މުއިއްޒު ސަރުކާރުން ދައްކަވަނީ ހަރަދު ކުޑަކުރުމުގެ ވާހަކައެވެ. އެކަމަކު ބާރުތައް ޖަމާކުރުމަށް އަތޮޅު ކައުންސިލް އުވާލުމަށް ފަހު އެ އުފައްދަނީ ރީޖަނަލް އޮފީސްތަކެއް، ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. 

    ]]>
    Sat, 28 Mar 2026 12:35:53 +0500 މުއާޒު
    އަކުރަމުގެ ޓްވީޓަކަށް މުއިއްޒުގެ ވަޒީރުން މޮޔަވެއްޖެ! https://heerasnews.com/4009 https://heerasnews.com/4009 ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނަންޖެހޭ ކަމަށް އަކުރަމް ކަމާލުއްދީން ބުނުމުން މުއިއްޒުގެ އައުވާނުންގަނޑު އުފަލުން ތެޅެފޮޅި ގަތީމާ ހައިރާނެއް ނުވެއެވެ. އެކްސްގައި އަކްރަމް ބަޔާންކޮށްފައި ހުރި ހުއްޖަތްތައް ވަރުގެ ހުއްޖަތެއް ނެތިގެން ހީވަނީ ވެލަޔަށް ފެންފެނިގެން އުޅޭހެންނެވެ. 

    ހުރިހާ ވަޒީރުންނާއި ސިޔާސީ މުސާރަވެރިން އަކްރަމްގެ ޕޯސްޓް ޓެގްކޮށް އެއްރާގެއްގައި އެއް އިބާރާތަކުން ތައުރީފު ކުރަން ފެށުމުން އަންނަނީ ހިންޏެވެ. މީހަކު ލިޔަފައިދިން އިބާރާތްކޮޅެއް އަމިއްލަ ނަމުގައި ޕޯސްޓްކުރާ މިބައިގަނޑަށް ވާނުވާ އެނގޭހެނެއް ހިޔެއްނުވެއެވެ. ވާނުވާ އެނގުނަސް މީހަކު ދެކެ ބިރުން ކުރަން މަޖުބޫރުވެގެން ހިތާ ދެކޮޅަށް ކުރާކަމެއްގެ ގޮތުގައި ނޫނީ އެކަމެއް ނުފެނެއެވެ. 

    އަކުރަމް ކަމާލުއްދީނުގެ މެސެޖެއް ދައުލަތުގެ ހުރިހާ ވަޒީރުން ރިޓުވީޓްކޮށް ސެލެބްރޭޓްކުރަމުން އެތބަދަނީއެވެ. ބައެއް ވަޒީރުން އެއީ އިބުރަތެކޯ ބުނާއިރު ކާމިޔާބެކޭ ނަސްރެކޭ ޗެލެންޖެކޭ އެބަކިޔާ ނަގައެވެ. އަޅެ މީހަކު މޮޔައެއް ނުވާނެހެއްޔެވެ. ނަފާ ނަސީމް ވެސް އެބަ ބުނެއެވެ. ވިސްނާ ފިކުރު ކުރާށެވެ.

    ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހުގެގޮތުގައި ގެންނަ ބަދަލުން އެއް ދުވަހެއްގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް ބޭއްވުމުގައި ހުރީ ފައިދާކަމަށް އަކުރަމް އެބުނާ ކަންކަމަކީ އޮއްޓަރެއް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫނެވެ. ބްލެކް މޭލުވެފައި ހުރި މީހަކު ދުވާލު މެންދުރު ގަދަހޫނުގަނޑުގައި ހުރެވެސް ފިނިގަދަކަމުން ތުރުތުރުވެސް އަޅާފާނެއެވެ. 

    ރައީސް ކަމަށް ހޮވޭނީ ކާކުކަމެއް ނޭނގޭނެއޭ ބުނާއިރު މަގާމުގައި ހުރެ ވާދަކުރާ ރައީސް އޭނާއަށް ރައީސްކަމާއި މަޖިލީހުގެ ކޮންޓްރޯލު ހޯދަށް ކޮށްފައި ނުކުރާނެ ކަމެއް ނުއޮންނާނެކަން ތުއްތު ކުއްޖާއަށްވެސް އެނގޭނެއެވެ. އެވަރު ނޭނގޭ ކަމަށް ހަދައިގެން ރައްޔިތުން ވައު ވައްދާނީ އަކުރަމާއި ސަރަނގޭއާއި މުހައްމަދު ޝިހާބާއި ޖާބިރާއި ސަންސިޔާމާއ ގާސިމު ކަހަލަ ނަގޫފިތިފައި ތިބޭ މީހުންނަށެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. ފަސް އަހަރުން އެއްފަހަރު މޭވާ ލިބޭ ގަހަކަށްވުރެ ފަސްއަހަރުން ދެފަހަރު ނުވަތަ ތިން ފަހަރު މޭވާ ބިންނަން ލިބޭ ގަހެއްގެ މަންފާ މާބޮޑުވާނެއެވެ. އިންތިހާބު ތަކާވެގެން ރައްޔިތުންނަށް ލިބިގެންދާ ލުއިފަސޭހަތައް އިންތިހާބެއް ބޯމަތިވެފައި ނެތި ނުލިބޭކަމީ ރައްޔިތުން ދަންނަ ހަގީގަތެކެވެ. 

    ]]>
    Fri, 27 Mar 2026 21:07:10 +0500 މުއާޒު
    ދެ އިންތިހާބު އެއްކުރުމުން ލިބޭނެ ގެއްލުމުގެ ކުޑަމިންވަރެއް https://heerasnews.com/4008 https://heerasnews.com/4008 ދެއިންތިހާބު އެއްކުރުމުން އިންތިހާބާ ގުޅިގެން ހިގާ ހަރަދުކުޑަވާނެކަމަށް ބުނެ ދައްކަނީ ހޮޅިވާހަކައެކެވެ. ފަސްއަހަރުން އެއްފަހަރު މަޖިލީހާއި ރައީސް އެކުގައި ހޮވާނަމަ އެއްފަހަރާ ކުރާ ހަރަދު ބޮޑުވެ ފަސް އަހަރުން އެއްފަހަރު މުޅި ގައުމު ނޭވާ ހޮޅިއަށް އަޅުވާލާނެއެވެ.

    އަމްދުން މަގާމުގައި ހުންނަ ރައީސަށް ދެވަނަ ދައުރާއި މަޖިލިސް ކޮންޓްރޯލު ހޯދުމަށް މުޅި ދައުލަތް އެފުށް މިފުށަށް ޖަހާނެއެވެ. އެހެން ނޫނަސް ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ރައީސް ކަމަށް ހޮވޭ މީހަކަށް ރައީސްކަމާއި މަޖިލިސް އެކުއެކީ ފަސް އަހަރަށް ލިބިއްޖެނަމަ ވާނެގޮތް ހިތައް އަރުވާލާށެވެ.

    ހިނގާނެ ކަންކަމުގެ ކުޑަ މިންވަރެއް 

    • ފަސް އަހަރުދުވަހަށް ރައްޔިތުން ތިބިކަން ހަނދާން ނެތޭނެއެވެ.
    • ފަސް އަހަރު ވަންދެން ޓެކްސްތައް ބޮޑުކުރާނެއެވެ.
    • ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެވޭ ކަމަކަކަށް ނުހަދާނެއެވެ.
    • ކާޑާއި ބޭހާއި ކަރަންޓާއި ފެނުން ސަބުސިޑީތައް ކަނޑާލާނެއެވެ. 
    • މުޒާހަރާ ކުރުމާއި އިހުތިޖާޖުކުރުމަކީ ކުށަކަށް ހަދާނެއެވެ.
    • މިނިވަން ނޫސްވެރިކަން ކަފުން ކުރާނެއެވެ.
    • ސަރުކާރަށް ފާޑެއް ކިޔާކޮންމެ މީހަކީ ކުށްވެރިއަކަށްވެ ޖަލަށް ލާނެއެވެ. 
    • ވެރިޔާގެ ރުހުން ލިބިގެން ފާޅުގައި ކޮރަޕްޝަންތައް ހިންގާނެއެވެ. 
    • ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހާ މަސްލަހަތު ނަގާލާކަމަށްވެ ޖަލަށްލާނެއެވެ
    • ކޮރަޕްޝަން ހިންގާ މީހުނަށް މިހާރު ހިނގާ ވަރަށްވެސް ޝަރީއަތެއް ނުހިނގާނެއެވެ. 
    • ސިޔާސީ ވާދަވެރިން ފުހެލާނެއެވެ. 
    • ރައީސްސަކީ ސިދާ ޑިކްޓޭޓަރަކަށް ބަދަލުވެގެން ދާނެއެވެ.
    ]]>
    Fri, 27 Mar 2026 20:30:13 +0500 މުއާޒު
    އާޒިމާ ޝުކޫރަށް: އަޒަލްނުކޮށް އެގޮތަށް މުއިއްޒު ވެސް ވަކިކުރެވިދާނެ! https://heerasnews.com/4007 https://heerasnews.com/4007 ތެދެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބާ އެކުގައި ނުބޭއްވޭނެ ކަމަކަށް ގާނޫނެއްގައި އެ އިބާރާތުން ބުނެފައެއް ނެތެވެ. އުއްތަމަ ފަނޑިޔާރު ކޯޓުގައި އިންދާ ސިފައިން ފޮނުވައިގެން ނެރެ ޖަލަށް ލެވޭނެ ކަމަކަށްވެސް ގާނޫނަކު ނޯވެއެވެ. ހުޅުލޭ އެއަރޕޯޓް ޖީއެމްއާރަށް ކުއްޔަށް ނުދެވޭނެ ކަމަކަށްވެސް ގާނޫނަކު ނޯވެއެވެ. އެހެނެކޭ ކިޔާފައި ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކުރީމާ ވެފައިހުރި ގޮތްގޮތުގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. 

    އާޒިމާއެވެ. ގާނޫނީ ހައިބަތު ފުރިބާރުވެ ގޮނޑިއަށް ޖެހިފައި އޮތަސް ރެއަކު ތިޔަ އެޅިއްޔަކީ ގާނޫނީ ހަމައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބާ އެކުގައި ނުބޭއްވޭނެ ގާނޫނީ ހަމައެއް ފެންނަ ވަރަށްވުރެ ފުސް ބޯވީމާ އާޒިމާއަށް ނުފެނުމަކީ ނުވަތަ ފެންނަ ކަމަށް ނުހެދުމަކީ ދެ އިންތިހާބު އެއްކުރުމުގައި ގާނޫނީ ހަމައެއް ނެތުމެއް ނޫނެވެ.

    ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އެއް ދުވަހެއްގައި މިހާރު ބާއްވަން ހިފާފައި ތިޔަ ތިބިއްޔަކީ ގާނޫނާ އެއްގޮތަކަށް ނޫނެވެ. ރާއްޖޭގެ ގާނޫނު އަސާސީގެ އެންމެ އަސާސީ ސިފައަކީ ރައްޔިތުންގެ ބާރެވެ. ދައުލަތުގެ ކަންކަން ހިންގަން ރައްޔިތުން މީހުން ހޮވަނީ އެހެން ވެގެންނެވެ، ފަސް އަހަރަށް ރައްޔިތުން އިންތިހާބުކުރާ ރައީސަކާއި ފަސް އަހަރަށް ދާއިރާތަކުގެ ރައްޔިތުން އިންތިހާބުކުރާ މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުންނެވެ. 

    އިންތިހާބީ މަގަމުތަކުގައި ތިބޭ މީހުން ހޮވޭގޮތާއި މުއްދަތާއި މަގާމު ގެއްލޭނެ ގޮތްތައް ހުރީ ކަނޑައެޅިފައެވެ. އެއިން އެއްވެސް ކަމެއް ދިމާނުވެ ފަހުންގެންނަ ބަދަލަކުން ރައީސާއި މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ނުވަތަ މުއްދަތުން ބައެއް ކުރުވާގޮތަށް ގެންނަ ބަދަލަކީ ގާނޫނީ ބޮޑު މައްސަލައެކެވެ. 

    އަންނަ ރިޔާސީ އިންތިހާބު އޮންނަ ދުވަހު ދެން އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުކޮށް 2028 ވަނައަހަރުގެ ޑިސެމްބަރު މަހުގެ 01 ގައި އައު މަޖިލިސް ހުވާކުރަންޏާ ފަސްއަހަރަށް އިންތިހާބުކޮށް ހިނގަ ހިނގާ އޮތް ރައްޔިތުގެ މަޖިލީހުގެ އުމުރުން ބައެއް ކުރުވެގެން ދިޔުމަކީ ގާނޫނީ ބޮޑު މައްސަލައެވެ. 

    މައްސަލައިގެ ބޮޑުކަމާ ނުރައްކާތެރިކަން އެނގިގެންދާނީ ޕީއެންސީއަށް މިހާރު މަޖިލީހުގައި އޮތް ބޮޑު މެޖޯރިޓީ ބޭނުން ކޮށްގެން ރައީސް މުއިއްޒުގެ ދައުރުން ބޮޑު ބައެއް ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލެއްގެނެސް ތަސްދީގު ކޮށްލުމުންނެވެ. އޭރުން އަތްފޮޅާލާފައި ރައީސް މުއިއްޒުވެސް ހަމަ ގެއަށް ދާނީ ހެއްޔެވެ. 

    ]]>
    Fri, 27 Mar 2026 12:05:44 +0500 މުއާޒު
    ކޮންމެ ގޮތަކަށް ނިމުނަސް އެޕްރީލް 4ގެ ފަހުން އިނދަޖައްސާލާނެ https://heerasnews.com/4003 https://heerasnews.com/4003 ޑރ. މުއިއްޒު ވެރިކަމަށް އެރީއްސުރެ ހަރަދު ކުޑަކުރުމަށް އަންނަނީ ގޮވާލެވެމުންނެވެ. ދުނިޔޭގެ މާލީ އިދާރާތަކާއި އެހީ ދޭ ގައުމުތަކުން ހުއްޓާނުލާ ބުނަމުން އައީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށެވެ. ދައުލަތުގެ ހަރަދު ބޮޑުވެ ބަނގުރޫޓު ހާލަތަކަށް ހިނގައިދާނެ ކަމުގެ އިންޒާރު ރާއްޖެއަށް ދެމުންދާތާ ކިތަންމެ ދުވަހެކެވެ. 

    އެންމެ ފަހުން ހުޅަނގު އޭސިޔާގައި ބޮޑު ހަނގުރާމައެއް ފެށި އިގުތިސޯދު އިނދަޖެހޭ ވަރަށް ކަންކަން މިވަނީ ގޯސްވެފައެވެ. އެހެނެއް ކަމަކު ބޯހަރު މުއިއްޒުގެ ސަރުކާރުން އެއިން އެއްވެސް ކަމަކަށް ނުވިސްނައެވެ. ފިޔަވަޅެއް ނާޅައެވެ. މިވަގުތަށް ކުރަން ނުޖެހޭ ބޮޑެތި ބޭކާރު ހަރަދުތައް ކުރަމުން ދަނީ ފަތުއަޑު ކިޔާފައެވެ. 

    ބޭނުން ނުވާވަރަށް ބޮޑު މުސާރައިގެ ސިޔާސީ މަގާމުތައް ބެހުމަކަށް ހުއްޓުމަކަށް ނާދެއެވެ. ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ދައުލަތުގެ ފައިސާ ތަޅާ ބުރުއްސަނީ ސުމާރެއް ނެތިއެވެ. އީދު ބޮކި ދިއްލުމާއި ކުޅިވަރު ހަރަކާތްތަކަށާއި ހަވާއެރުވުން ފަދަ ކޮންމެހެން ނުކޮށް ވާންއޮތް ކަންކަމަށް ހޭދަކުރުމުގައި ހައްދެއް ނެތެވެ. 

    ވެރިކަމަށް އެރިގޮތަށް ވަޒިރު ބޭފުޅުންނަށް އަގުބޮޑު ވިއްސަކަށް ކާރުގަތުމާއި ހުއްޓާނުލާ ރައީސާއި މަތީފެންވަރުގެ ފައުޖުތައް ރާއްޖޭން ބޭރަށް ދަތުރު ކުރުމާއި ޑްރޯނު ގަތުމާއި ހަތިޔާރު ގަތުންފަދަ ކަންކަމަށް ނެތްވަރުން ހަރަދުތައް ވަނީކޮށްފައެވެ. ދުނިޔޭގެ އެތަން މިތާހުރި ރާއްޖޭގެ ޑިޕޮލޮމެޓިކް މީޝަންތަކައް ސުމާރެއް ނެތްވަރަށް މީހުން ލައިގެން ދައުލަތުގެ ފައިސާ ދަނީ އިސްރާފު ކުރަމުންނެވެ.

    ދަރާ ބޯހިކެންނެތް ރާއްޖޭން މޫނަކަށް ކަނދުރާއަކަށް ނުބަލާ ހިތުހުރި ގޮތަކަށް ދައުލަތުގެ ފައިސާ ކައި ހުސްކުރާއިރު ދުނިޔޭގެ ފޯރާ މުއްސަދި ގައުމުތަކުންވެސް އީރާނު ހަނގުރާމަ ފެށުނު ފަހުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އެދަނީ އަޅަމުންނެވެ. އެކަމަކު ރާއްޖޭގެ މާލީ ވަޒީރަށް ހަރަދު ކުޑަކުރުމުގެ ޕްލޭނެއް ރައީސާ ހަމައަށް ގެންދެވޭ ވަރުވާނީވެސް އަދިވެސް ހަފްތާއެއްހާ ދުވަސް ފަހުން ކަމަށްވެއެވެ.

    މާލީ ވަޒީރުގެ ހަރަދު ކުޑަކުރުމުގެ ޕްލޭން ފެށޭމަހު 4 ގައި އޮންނަ އިންތިހާބު ކުރިން ގެންގޮސް އަމަލީ ފިޔަވަޅެއް ނާޅާނެއެވެ. އެޕްރީލް 4 ގެ ފަހުން ހަރަދު ކުޑަކުރުމުގެ ޕްލޭން ހިންގާނީ އާއްމު ރައްޔިތުންގެ މައްޗަށެވެ. އަގު ބޮޑުކޮށް ހިދުމަތް ކަޑާ ހަދާނީ ރައްޔިތުންގެ އަސާސީ ހިދުމަތާ ގުޅުން ހުރި ކަންކަމުންނެވެ. 

    އެޕްރީލް ހަތަރެއްގެ ފަހުން ޝެޑިއުލުކޮށްގެން އެކި ހިސާބުތަކުން ކަރަންޓް ކަނޑަން ފަށާނެއެވެ. މުސްކުޅިންނާއި އެކަނިވެރި މައިންނަށްދޭ އިނާޔަތް ކަނޑާލާނެއެވެ. ރާއްޖޭން ބޭރުން އާސަންދައިގެ ހިދުމަތް ދިނުން ނިމުމަކަށް ގެންނާނެއެވެ. އަމިއްލަ ކުލިނިކްތަކާއި އަމިއްލަ ބޭސް ފިހާރަތަކުން އާސަންދަ ކަނޑާލާނެއެވެ. ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގު ބޮޑު ކުރާނެއެވެ. މިހާރަށް ވުރެވެސް ތެލުގެ އަގު ބޮޑުކުރާނެއެވެ. ނަތީޖާއެއްގެ ގޮތުން އާއްމު ދަތުރު ފަތުރުގެ އަގު ކެތްނުވާ ވަރަށް ބޮޑުވެ އާއްމު ދަތުރު ފަތުރު ހުއްޓޭނެއެވެ. 

    ސިޔާސީ މަގާމުތައް މަދުނުކޮށް އޮފީސްތައް މަދުކޮށް ސިވިލް ސާރވިސްގައި މަސައްކަތްކުރާ އެތައް ބަޔަކު ވަޒީފާއިން ވަކިކުރާނެއެވެ. ރަސްމާލެ ނޫން ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލާ މުއިއްޒުގެ މަސްލަހަތުނެތް ހުރިހާ އަމިއްލަ ކުންފުނިތަކާޢި ވިޔަފާރިތައް ފުޑާލާނެއެވެ. މުއިއްޒު ވެރިކަމަށް ގެނަސްގެން ކާންއުޅުނު ރާކަނިމަސް ނިކަން ރަނގަޅަށް މިފަހަރު ކެވޭނެއެވެ.

    ]]>
    Thu, 26 Mar 2026 15:45:49 +0500 މުއާޒު
    ރެފަރެންޑަމް ވޯޓާނުނަގާ ހިނގަމުންދާ މަޖިލީހުގެ އުމުރު ކުރުވެއްޖެ https://heerasnews.com/4001 https://heerasnews.com/4001 ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނު ތަސްދީގުކުރުމަށް ފޮނުވާތާ 15 ދުވަސް ތެރޭގައި އެ ބިލު ތަސްދީގު ކުރުމާ ނުކުރުމާ މެދު ރައީސް ގޮތެއް ނިންމަން ޖެހެއެވެ. މަޖިލީހުން ތަސްދީގުކުރަން ފޮނުވާ ބިލު ތަސްދީގު ނުކުރާނެ ނަމަވެސް ސަބަބު ބަޔާންކޮށް 15 ދުވަސްތެރޭގައި މަޖިލީހަށް އަނބުރާ ފޮނުވަންޖެހެއެވެ. 

    އަނބުރާ ނުފޮނުވާ އޮވެ 15 ދުވަސް ވެއްޖެނަމަ އޮޓަމެޓިކުން އެބިލެއް ގާނޫނަކަށް ވާނެ ކަމަށް ގާނޫނު އަސާސީ ބުނެއެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގުކުރަން ފޮނުވާފައިވާ ގާނޫނު އަސާސިގެ 8 ވަނަ އިސްލާހު މިހާރު އޮންނާނީ ތަސްދީގުވެފައެވެ. އެހެން އެކަން އޮތުމުން ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހުގެ ބޭނުމަށް ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓުގެ ގާނޫނީ ސައްހަކަން މިހާރު އެވަނީ ގެއްލިފައެވެ. 

    ގާނޫނު އަސާސީއަށް ގެނައި 8 ވަނަ އިސްލާހު އޮޓަމެޓިކުން ތަސްދީގު ވެފައިވާތީ  ހިނގަމުންދާ ރައްޔިތުންގެ މަޖިލިހުގެ އުމުރު 2028 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ ނިޔަލަށް މިހާރު އެވަނީ ކުރުވެފައެވެ. ހަމައެހެން ދެން ރައްޔިތުން މަޖިލިސްގެ މަޖިލިސްގެ އިންތިހާބު އޮންނާނީ ރިޔާސީ އިންތިހާބު ބާއްވާ ދުވަހުއެވެ. 

    ފެންނަ ނުފެންނަ ވޯޓު ނެގުމުގެ ބޭނުން މިހާރުވަނީ ކެނޑިފައެވެ. މިހާރު އޮތްހާވެސް ކަމަކީ ރައްޔިތުންގެ ހިޔާލު ހޯދަން ލާޒިމުކަމެއްގައި ރައްޔިތުންގެ ހިޔާލު ނުހޯދާ ގާނޫނު އަސާސީ އިސްލާހުކުރި މަޖިލީހަށް ފިޔަވަޅު އެޅުމެވެ.

    ]]>
    Wed, 25 Mar 2026 23:23:08 +0500 މުއާޒު
    ސަރުކާރުގެ ޓެކްސީ ލައިނަކީ މާސިންގާ ސްކޭމެއް!؟ https://heerasnews.com/4000 https://heerasnews.com/4000 މާލޭގައި ދެވޭ ޓެކްސީގެ ހިދުމަތުގެ ފެންވަރު ދަށްކަމަށް ބުނެ މުއިއްޒު ސަރުކާރުން ގާއިމުކުރާ މާލޭ ޓެކްސީ ލައިނަކީ ރޭވިގެން ހިންގާ ބޮޑު ހިޔާނާތެއް ކަމަށް އެތައް ބަޔަކު ގަބޫލުކުރެއެވެ. މުއިއްޒު ވެރިކަމަށް އެރުމާއެކު ދައުލަތް ލޫޓުވާލެވެން އޮތްހާ ގޮތެއް ހޯދައިގެން އަންނަނީ ލޫޓުވަމުން ކަމަށް މީހުން ބުނެއެވެ.

    އާއްމު ފަރތްތަކުން ދެމުން ގެންދިޔަ ޓެކްސީގެ ހިދުމަތް ފެންވަރުހުރި ދެމެހެއްޓެނިވި ހިދުމަތަކަށް ހެދުމަށް ރައީސް ސޯލިހު ސަރުކާރުން ފަސޭހައި ލުއިކޮށް ލޯނު ލިބޭގޮތް ހަދާދީފައިވެއެވެ. މުއިއްޒު ވެރިކަމަށް އައީ ލިބުނު ލުއިގެ ބޭނުންހިފާ އެތައް ބަޔަކު ލޯނު ނަގައިގެން ކާރު ގަނެގެން ޓެކްސީ ކުރަން ފެށިތަނާއެވެ. 

    އާއްމުންގެ އެތައް ބަޔަކު ދަރަނިވެރި ހާލަތުގައި ތިއްބާ އެއިން ކަމަކަށް ރިއާޔަތް ކުރުމެއްނެތި ސަރުކާރުން ޓެކްސީކުރަން ނިންމީ ދައުލަތް ލޫޓުވާލުމުގެ ބޭނުމުގައި ކަމަށް ގަބޫލު ކުރެވެެއެވެ. މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެތި ތޮއްޖެހި ދަތުރުފަތުރު ދަތިވެފައިވަނިކޮށް މާލެ ސަރަހައްަދަށް ކާރުތަކެއް ގެނެސް އަޅާލުމުގައި ދައުލަތުން ފައިސާތަކެއް ލޫޓުވާލުންނޫން ބޭނުމެއް ނުއޮންނާނެއެވެ.

    އެތައް ބަޔަކު ޓެކްސީ ދުއްވަން ކާރުތަކެއް ގަނެ ދަރަނިވެރިވެފައި ވަނިކޮށް ޗަންގާން ދީޕަލް S05 މަރުކާގެ 150 ކާރު ގެނައުމަށް އެވަނީ ނިންމާފައެވެ. އެކަމަށް ބަޖެޓުން ހަރަދުކުރަން ނިންމާފައިވަނީ 120 ރުފިޔާއެވެ. ޗަންގާން ދީޕަލް S05 މޮޑެލްގެ ކާރެއްގެ ބައިނަލްއަގުވާމީ މާކެޓް އަގަކީ 16400 އާއި 16900 އެމެރިކާ ޑޮލަރެވެ. -/20ރ އަށް ޑޮލަރެއް ކަމުގައި ބަލައިގެން އަގު ހެދިޔަސް ބޮޑުވެގެން ކާރަކަށް ޖެހޭނީ 338000.00 ދިވެހި ރުފިޔާއެވެ. އެ ނިސްބަތުން 150 ކާރުގެ ޖުމްލަ އަގަކަށް އަންދާޒާ ކުރެވެނީ ގިނަވެގެން 50.7 މިލިއަން ދިވެހި ރުފިޔާކަމަށެވެ.

    50.7 މިލިޔަން ރުފިޔާއިން ނިމެން އޮތް ކަމަކަށް ދައުލަތުގެ ބަޖެޓުން 120 މިލިޔަން ރުފިޔާ ހަރަދުކުރަނީ ލޫޓުވާލުންނޫން އެހެން ބޭނުމަކު ނޫންކަމަށް ބެލެވެއެވެ. އެހެން ވެއްޖެނަމަ އެއީ ގާތް ގަޑަކަށް 70 ވަރަކަށް މިލިޔަން ރުފިޔާގެ ލޫޓުވުމެކެވެ. ޓެކްސީ ލައިން ހެދުމުގެ ނަމުގައި ބައެއްގެ ޖީބަށް 70 ވަރަކަށް މިލިޔަން ރުފިޔާ ޖަހާލުން ސްކޭމަކަށް ނުވަންޏާ ކޮރަޕްޝަންގެ ވާހަކަ އޭސީސީން ވެސް ދައްކާނެ ކަމެއްނެތެވެ. 

    ]]>
    Wed, 25 Mar 2026 14:17:44 +0500 މުއާޒު
    މަގޭ މެންބަރު ހޫރައެއް ނުލެވޭނެ! https://heerasnews.com/3998 https://heerasnews.com/3998 ކޮންމެ މީހަކަށްމެ އެ މީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށްމެ ކަށަވަރުކޮށް ދީފައިވާ އަސާސީ ހައްގެކެވެ. ރައްޔިތުންގެ މަޖިލީހަށް ދާއިރާތަކުން ވޯޓުދީގެން މެންބަރުން ހޮވަނީ އެ ހައްގުގެ ދަށުންނެވެ.

    • ފެންނަ ނުފެންނަ ވޯޓަކުންވެސް ހިނގަމުންދާ ދައުރެއް ކުރެއް ނުކުރެވޭނެ!
    • މެންބަރުން ހޮވަނީ މެންބަރުގެ ގޮޑި ގެއްލޭނެ ގޮތްތަކާއި ޒިންމާތަކާއި ވާޖިބުތައް އެނިގިތިބެ
    • ފަހުންގެންނަ ބަދަލަކުން މުއްދަތު ކުރުކޮށްލުމަކީ އަސާސީ ހައްގަކަށް އަރައިގަތުން 

    ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި މިހާރު އެތިބަ މެންބަރުންނަކީ ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގުގެ ދަށުން 5 އަހަރު ދުވަހަށް ދާއިރާތަކުގެ ރައްޔިތުން ހޮވާފައި ތިބި ބަޔެކެވެ. މަޖިލީހަށް މެންބަރު އިންތިހާބު ކުރީ ހޮވިއިރު އޮތް ލެޖިޓިމޭޓް ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. މަޖިލީހަށް  މެންބަރުން ހޮވަނީ މެންބަރުގެ ގޮޑި ގެއްލޭނެ ގޮތްތަކާއި އޭނާގެ މައްޗަށް އޮތް ޒިންމާތަކާއި ވާޖިބުތައް އެނިގިތިބެގެން ވަކި މުއްދަތަކަށެވެ.

    ރައްޔިތުން ވޯޓުދީގެން މެންބަރު ހޮވަނީ ފަހުން ގާނޫނަށް ގެންނަ ބަދަލަކުން މެންބަރު ނަގާ ހޫރާލާ ގޮތަކަށް ނޫނެވެ. މަގާމަށް ހޮވިއިރު އޮތް ޝަރުތުތަކާއި ހަމަތަކުގެ ބޭރުން ފަހުންގެންނަ ބަދަލަކުން ގޮނޑި ގެއްލުވާލުމާ މުއްދަތު ކުރުކޮށްލުމަކީ ރައްޔިތުންގެ އަސާސީ ހައްގަކަށް އަރައިގަތުމެކެވެ. 

    ދައުރު ކަނޑައެޅި ވަކި މުއްދަތަކަށް އިންތިހާބު ކުރެވޭ މަގާމުތަކުގެ އުމުރު ފަހުން ގެންނަ ބަދަލަކުން ދިގުވާ ގޮތަށް ނުވަތަ ކުރުވާގޮތަށް ގާނޫނުގައި ކަނޑައަލާ ކަނޑައެޅުން ހިނގަ ހިނގާ އޮތް ދައުރުގެ މައްޗަށް ތަންފީޒު ކުރުމަކީ ގާނޫނުގެ ހަމައެއް ނޫނެވެ. އެފާޑުގެ ބަދަލުތައް ތަންފީޒުވާނީ ދެން އަންނަ ބައެއްގެ މައްޗަށެވެ. 

    ފަހުންގެންނަ ބަދަލަކުން އެއްވެސް ފަރާތަކަށް ލިބިގެންވާ އަސާސީ ހައްގެއް އުނި ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީ ކަށަވަރުކޮށްދެއެވެ. މަޖިލީހުން ފާސްކުރާ ފާސްކުރުމަކުން ވެސް އަސާސީ ހައްގެއް ހަނިކުރެވޭނީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ކޮށްއުޅޭ އެންމެ ކުޑަ މިންވަރަށެވެ. އެގޮތުންވެސް ކޮންމެ މީހަކަށްމެ އެ މީހަކު މިނިވަންކަމާއެކު އިހްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ހަންޏެއް ނުކުރެވޭނެއެވެ. 

    ރައްޔިތުމީހާ ފަސް އަހަރަށް އިހުތިޔާރުކުރި މަންދޫބުގެ ދައުރުން ބައެއް އުނިކޮށްލުމަކީ ގާނޫނީ ކުށެކެވެ. ރޭވިގެން އަސާސީ ހައްގަކަށް އަރައިގަތުމެކެވެ. ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންވެސް ހިނގަހިނގާ އޮތް ދައުރެއް ކުރެއްނުކުރެވޭނެއެވެ.  

    ]]>
    Wed, 25 Mar 2026 11:39:25 +0500 މުއާޒު
    ގަވައިދުތައް ނުހަދާ ސާޖިދާ ލައްވާ ފުޅާކުރަނީ ދިމްޔާތު ވިޔަފާރި! https://heerasnews.com/3993 https://heerasnews.com/3993 މުއިއްޒު ވެރިކަމަށް އައުމަށް ފަހުވެސް ފަސްޓް ލޭޑީއަށް ވުމަކުން ފުޑު އެންޑް ޑްރަގް އޮތޯރިޓީއާ ދުރަށް ދާކަށް ސާޖިދާ ވެސް ބޭނުމެއް ނުވިއެވެ. ގާނޫނާއި ހިލާފް ނޯޕޭ ލީވެއް ހޯދައިގެން ސަރުކާރުން އިނާޔަތް ލިބޭގޮތަށް ކޮންޓްރެކްޓް އުސޫލުން ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މައްޗަށް ސާޖިދާ ސަވާރުކޮށްފައި އެބައިންދަނީ ވަޒީފާދެކެ ސާޖިދާ ވާ ލޯތްބަކުން ނޫނެވެ. 

    ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވެރިކަމުގައި ސާޖިދާ ބަހައްޓައިގެން މުއިއްޒު މައިގަނޑު ކުރަމުން އަންނަނީ ދެކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެއްކަމަކީ މެޑިކަލް މާފިޔާ ފުޅާކޮށް ރާއްޖެއަށް އެތެރެކުރެވޭ ބޭހަކީ މުއިއްޒަށް ބައިއަޅާގޮތަށް އެތެރެކުރެވޭ އެއްޗަކަށް ހެދުމެވެ. ދެވަނަ ކަމަކީ ރާއްޖޭގެ ރަށްރަށުން އައިޖީއެމްއެޗަށް އަންނަ ބަލިމީހުންނާއި އެ މީހުންގެ އާއިލާތަކުން ދިމްޔާތު ސްޓޭ ގެސްޓްހައުސް އަބަދުވެސް ފުރާލާފައި ބޭއްވުމެވެ. ދެ ގޮތުންވެސް މުއިއްޒުގެ ދެމަފިރިންނަށް ބޭނުންވަނީ ބޯކޮށް ފައިސާ ވަދެވަދެ ހުރުމެވެ. 

    މުއިއްޒު ވެރިކަމަށް އައުމުގެ ކުރީން އާއްމުކޮށް ބޭނުންވާ ބޭސްތައް ފަސޭހަކަމާއެކު ރާއްޖޭން ލިބެން ހުރެއެވެ. އާސަންދައިން ނުލިބޭ ބޭސްތައް ވެސް ބާޒާރުން ގަންނަން ލިބޭކަށް އޭރަކު ދައްޗެއް ނޫނެވެ. މުއިއްޒަށް ބައިއަޅައިގެން ބޭސް އެތެރެކުރަން ޖެހުނު ހިސާބުން ބޭހަށް މިއޮތީ ޖެހެފައެވެ. މިހާރަކު ސާޖިދާއަށް ބައި ނާޅާ ފަސޭހަ ރަހުމަތެއްގައި ފުޑް އެންޑް ޑްރަގު އޮތޯރިޓީ ގަބޫލުކުރާ ފެންވަރުގެ ބޭހެއް ނުގެނެވޭ ކަމަށް ބޭސް އެތެރެކުރާ މީހުން ކިޔައެވެ.

    އަނެއްކޮޅުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ 20 ގަވާއިދުގެ ތެރެއިން 16 ގަވައިދެއް ދެ އަހަރުވެގެން ދިޔައިރުވެސް ނުހަދައެވެ. އެކަން އެހެން އޮތްއިރު ރަށްރަށުގެ ގިނަ ދަނޑުބިންތަކާއި ފެންފަށަލަ ވަނީ ކެމިކަލް ބޭސް ބޭނުންކުރުމުގެ ސަބަބުން ވިހަވެފައެވެ. ގަވާއިދު ތައް ނުހަދާ ރައްކާތެރިކަން ކަށަވަރުކޮށް ނުދެވުމުގެ ސަބަބުން މާރުކޭޓުގައި ވިއްކާ ފައްކޭލާ އެނޫންވެސް ތަރުކާރީއާއި މޭވާގެ ބާވަތްތައް ވިހަ ކެމިކަލް ބޭނުންކޮށްގެން ގަދަކަމުން ދޮންކޮށްގެން ވިއްކުމެއް ނުހުއްޓުވެއެވެ.  ކެންސަރުބައްޔާއި ލޭމައްޗަށް ދިއުމާއި ސްޓްރޯކާއި ހާތްއެޓެކް ފަދަ ނުރައްކާތެރި ބަލިތައް ގިނަވެ އާންމު ސިއްހަތައް ވަނީ ނުރައްކާވެފައެވެ. 

    ޒާތް ޒާތުގެ ބަލިމީހުން ގިނަވީ ވަރަކަށް ރަށްރަށުން މާލެ އައިސް އައިޖީއެމްއެޗަށް ދައްކަން މާލޭގައި މަޑުކުރަން މަޖުބޫރުވެއެވެ. އައިޖީއެމްއެޗްގެ ކިއު ދިގުވެ އެޕޮއިންޓްމަންޓު ލަސްވީވަރަކަށް މަންފާ ކުރަނީ ދިމްޔާތު ސްޓޭ ގެސްޓު ހައުސަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވެ ބަލިމީހުން ގިނަވެ އެޕޮއިންޓްމަންޓްގެ ކިޔުދިގުވީ ވަރަކަށް ރަނގަޅުވަނީ ދިމްޔާތު ސްޓޭ ގެސްްޓް ހައުސްގެ މާކެޓެވެ. ގަވައިދުތައް ނުހަދާ ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ސާޖިދާ ސަވާރުވެ އެ އިންނަނީ އެހެން ކޮންކަމަކާ ހެއްޔެވެ.

    ]]>
    Tue, 24 Mar 2026 17:03:19 +0500 މުއާޒު
    އެމެރިކާ އާއި އީރާނު ވެސް މުއިއްޒަށް އިތުބާރެއް ނުކުރޭ! https://heerasnews.com/3992 https://heerasnews.com/3992 އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނުގެ ލީޑަރ އަވަހާރަކޮށްލުމުން ރާއްޖޭން އެކަން ކުއްވެރިއެއް ނުކުރެއެވެ. އިޒްރޭލާއި އެމެރިކާ ގުޅިގެން އިސްވެ އީރާނަށް ހަމަލާ ދިނުމަކީ ރާއްޖެ ސަރުކާރަށް މައްސަލައަކަށް ނުވިއެވެ. އިޒްރޭލާއި އެމެރިކާ އާއި ދެކޮޅަށް ޗުއްޕުވެސް ބުނާކަށް ދިވެހި ސަރުކާރަކަށް ނުކެރުނެވެ.

    ރާއްޖޭގެ ސަރަހައްދާ ވަރަށް ކައިރިން ދަތުރުކުރި އީރާނުގެ މަނަވަރެއް އެމެރިކާގެ ސަބްމެރިނަކުން ގޮއްވާލިއެވެ. އިންސާނީ އެހީއަށް ބޭނުންވެފައި ކަނޑުމަތީގައި ތިބި އީރާނުގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށް ނުދީ ރާއްޖޭން ދިނީ ބީރުކަންފަތެކެވެ. ބެލީ ކަނު ލޮލަކުންނެވެ. ހާލުގައި ޖެހިފައިތިބި އީރާނުގެ މަނަވަރު ސިފައިންނަށް އެހީތެރިކަން ދިނީ ސްރީލަންކާއިންނެވެ.

    އީރާނު ހަނގުރާމަ އާއި ގުޅިގެން މުއިއްޒު ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ދިވެހި ރައްޔިތުންގެ ތެރޭގައި މުއިއްޒަށް ފާޑުކިޔުން އިންތިހާއަށް ބޮޑުވެ މަގުބޫލުކަން މުޅިހެން ނެތިގެން ދިޔައެވެ. އެމެރިކާ ދެކެ ގަންނާކުރައްވާ ބިރަކުން ޗުއްޕުވެސް ބުނަން ނުކެރޭ މުއިއްޒު އަމިއްލައަށް އެމެރިކާ އާއި އީރާނުގެ އިތުބާރުވެސް އަމިއްލައަށް ގެއްލުވާލައިފިއެވެ. 

    ކުރިމަތީގައި މުހިންމު އިންތިހާބެއް އޮތުމުން ގެއްލެމުންދާ ތާއީދު ހިފެހެއްޓުމުގެ ބޭނުމުގައި މުއިއްޒުގެ ބަސްމަގު ބަދަލުކޮށްލުމުން ދެ މީދާ ފެހި ބުޅަލަށް މުއިއްޒު ވެގެން ހިނގައްޖެއެވެ. އިސްރާއީލަށް ރޭދުވާލު ހަމަލާދޭންޖެހޭ އެކު ދައްކާނެ ވާހަކައެއް ނެތްކަމަށް މުއިއްޒު ދުލުން ބުނި ބުނުމަކީ އެމެރިކާގެ ނުރުހުން މުއިއްޒުގެ މައްޗަށް އިތުރު ވެގެން ދިޔަ ކަމެކެވެ. 

    ޑިއޯގޯ ގާސިއާއަށް މިސައިލް ފޮނުވުމުގެ ގާބިލުކަން އީރާނުގައި ހުރިކަން ކަށަވަރުވުމަކީ މުއިއްޒުގެ މޭގަނޑު އަނގަޔަށް އަންނަވަރުގެ ކަމަކަށް ނުވެއެއް ނުދާނެއެވެ. އެހެން އެކަން އޮއްވާ އީރާނު މައްސަލައިގައި ދިވެހި ރައްޔިތުންގެ ނުރުހުން މުއިއްޒަށް އިންތިހާއަށް ބޮޑުވެފައެވެ.

    އެހެން ކަމުން ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް މީހުންގެ ތާއީދު ހޯދުމަށާއި އީރާނުން ތެޔޮ ހޯދުމުގެ ބޭނުމުގައި ކޮޅުބަދަލުކުރި ގޮތް ދައްކަން މުއިއްޒަށް މަޖުބޫރުވެގެން ގޮތްދެއްކިޔަސް ކުރާނެކަމެއް ނެތެވެ. އީރާނުގެ މަނަވަރު ސިފައިންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުން އީރާނުން ސްރީލަންކާއަށް ހިލޭ ތެޔޮ ލިބޭގޮތް އެދަނީ ހަދާދެމުންނެވެ. އެކަމަކު އެމެރިކާގެ ހަނގުރާމަ މަތީ ބޯޓު ފަހަރަށް އެހީތެރިކަން ދިނުމާއި ހާލުގައި ޖެހުނު އީރާނުގެ މަނަވަރު ސިފައިންނަށް އެހީނުވުމުން މުއިއްޒާ މެދު އީރާނުން ހިތް ހެޔޮވާނެ ގޮތެއްނެތެވެ. 

    ]]>
    Tue, 24 Mar 2026 14:14:25 +0500 މުއާޒު
    ފެންނަ ނުފެންނަ ވޯޓަށް ސްޕްރީމްކޯޓް އޮތީ މާނިދި މަތުރާފާ!؟ https://heerasnews.com/3991 https://heerasnews.com/3991 މުއިއްޒު ހީލަތްތެރި ގޮތަކަށް ނަގަންއުޅޭ ފެންނަ ނުފެންނަ ވޯޓު ނަގަން ދިހަވަރަކަށް ދުވަހަށް ވީއެވެ. ފެންނަނ ނުފެންނަ ވޯޓާއި ގުޅިގެން އެތަކެއް ދުސްތޫރީ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެކަމަށް ޝަރުއީ ގޮތުން ފަރުވާ ހޯދުމަށް ރާއްޖޭގެ އެންމެ މަތީ ކޯޓަށް މައްސަލަތަކެއް ވަނީ ވައްދާފައެވެ. 

    ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓު ހުއްޓުވާ ދިނުމަށް ކޯޓު އަމުރަކަށް އެދުނު ފަހުން އެތައް ދުވަހެއް ވެއްޖެއެވެ. ފެންނަ ނުފެންނަ ވޯޓު ނެގަން އުޅެނީ ގާނޫނާއި ހިލާފަށް ކަމަށްބުނެ ވޯޓުނެގުން ހުއްޓުވާ ދިނުމަށް އެމްޑީޕީން ހުށަހެޅިތާ އެތައް ދުވަހެއް ފަހުން މައްސަލަ ލިބުނުކަން އެމްޑީޕީއަށް މިއަދު ވަނީ އަންގާފައެވެ. މައްސަލަ ހިނގާނެކަމެއް ނުވަތަ ނޫންކަމެއް އަދިއެއް ނޭގެއެވެ.

    ފެންނަ ނުފެންނަ ވޯޓް ނެގުމަށް ކަޑައެޅިފައިވާ ސުވާލު ގާނޫނާ ހިލާފުކަމުން އެކަމާ ދެކޮޅަށް ގާނޫނީ ވަކީލުންގެ ބަޔަކު ހުށަހެޅި މައްސަލައެއް ވެސް ވާނުވާގައި ބޭއްވުމަށްފަހު އެ މައްސަލަ ބަލައިގެން ކަމަށް މިއަދު ސްޕްރީމް ކޯޓުން ބުނެފިއެވެ. ޝަރީއަތް ބާއްވާނެ އިރެއް މައްސަލައިގެ ކޮޅެއް މެދެއް ނޭނގެއެވެ. 

    ފެންނަ ނުފެންނަ ވޯޓަށް އަހަނީ ބާތިލުވެފައިވާ ކަމެއްގެ މައްޗަށް ކަމަށްބުނެ ދުސްތޫރީ މައްސަލައެއް ގާނޫނީ ވަކީލް އަލީހުސައިން ވެސް ސްޕްރީމް ކޯޓަށް ހުށަހަޅާފައި އެބަވެއެވެ. މައްސަލަ ބަލައިގެންކަމެއް ނުވަތަ ނޫންކަމެއް އަދިވެސް ނާންގައެވެ. އެއްޔަކީ މުއިއްޒުގެ އިންސާފުގައި އައުކަމެއްވެސް ނޫނެވެ. މީގެކުރިން މަޖިލިސް ބްލެކްމޭލު ކުރުމުން އަލީ ހުސައިން ހުށަހެޅި މައްސަލައަށް އަދިވެސް އެ ތިބެނީ ފައިން އަރައިގެންނެވެ. 

    ވޯޓުލާ ދުވަސް އައިސް ޖެހުނު އިރުވެސް ސްޕްރީމް ކޯޓު އޮތީ ނިދާ މަރުވެފައެވެ. މައްސަލަތައް ހިނގާނެކަން ނުވަތަ ނޫންކަމަށް ބުނަންވެސް ސްޕްރީމް ކޯޓު އޮތީ ބިރުންނެވެ. އިންސާފުވެރި ހުކުމެއް ނެރެފިނަމަ ދެ އިންތިހާބު އެއްކުރާ ފެންނަ ނުފެންނަ ވޯޓު ނެގޭނެ ގާނޫނީ ހަމައެއް ނުއޮންނާނެކަން ފަނޑިޔާރުންނަށް މާރަނގަޅަށް އެނގޭނެއެވެ.

    މުއިއްޒުގެ މުށުތެރޭގައި މުޅި ޝަރުއީ ނިޒާމް އޮތުމުން މުއިއްޒު ބޭނުންނުވާ ގޮތަކަށް ކޯޓުން ހުކުމެއް ނެރުމަކީ ވޭވޭނެ ކަމެއް ނޫނެވެ. މުއިއްޒު ބޭނުންނުވާ ގޮތަކަށް ޝަރީއަތެއް ހިންގަން އުޅެފިއްޔާ ވާގޮތް ހުސްނުއްސުއޫދާއި މަހާޒާއި އަޒްމިރަލްދާ އާއިމެދު ކަން ހިނގާ ދިޔަގޮތުން ފަނޑިޔާރުންނަށް ސާފުވަނީތާއެވެ. 

    އެ ރަހައެއް މި ރަހައެއް ނޭނގޭ ވަރަށް ހުރިހާ ރިހައެއް އެއްކޮށްލައިގެން އީދު ދިގުރިހަގަޑު ހަދާއުޅެއެވެ. އީދާ ދިމާކޮށް އެކަހަލަ ދިގު ރިހަގަނޑެއްހެން އެކަމާގުޅުންހުރި ހުރިހާ މައްސަލަތައް ގުޅަކަރުވާލައިގެން ނެރޭ ހުކުމަކުން މުއިއްޒު ބޭނުންގޮތަށް ފެންނަ ނުފެންނަ ވޯޓު ނެގުން ހަލާލު ކުރެވޭވަރު ވަންދެން ސްޕްރީމް ކޯޓު އެ އޮތީ މާނިދި މަތުރާފައެވެ. 

    ]]>
    Mon, 23 Mar 2026 17:12:34 +0500 މުއާޒު
    މުއިއްޒާ ދައުވާކުރުން ނޫންކަމެއް މަރުގެއަދަބާ ގުޅިގެން ކުރާކަށްނެތް! https://heerasnews.com/3990 https://heerasnews.com/3990 ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މަރުގެއަދަބު ދިނުމާގުޅޭ ހުރިހާ ކަމެއް ތަފްސީލްކޮށް ބަޔާންކޮށްފައި އެބައޮތެވެ. އިސްލާމު ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ގާނޫނީ ވެރިކަމެއް ކުރުމަށް ގަންދީ ހުވާކޮގެން ހުރި މުއިއްޒަކަށް އެކަމެއް ނޭނގެއެވެ. މުއިއްޒު ބުނަނީ މަރުގެ ހުކުމް ތަންފީޒު ކުރެވެން އޮތީ އެކަމަށް ވަކި ގާނޫނެއް ހަދައިގެން ކަމަށެވެ. 

    މިހާރުވެސް ކޯޓް މަރުހަލާތައް ނިމި މަރަންޖެހިފައި ތިބި 3 މީހަކު ރާއްޖޭގެ ޖަލުގައި އެބަތިއްބެވެ. ތިން މަރުހަލާގެ ކޯޓުން މަރަން ހުކުމްކުރާ މީހަކު ނުމަރާ ބެހެއްޓޭނީ ޝަރުއީ އުޒުރެއް އެކަމުގައި އޮތްނަމައެވެ. މަރަންޖެހޭ މީހަކު ނުމަރާ އުސޫލެއް ނެތިގެން ގާނޫނެއް ނެތިގެން ނުބެހެއްޓޭނެއެވެ. މަރުގެ ހުކުމް ތަންފީޒުކުރާނެ ގޮތުގެ ގަވައިދާއި އުސޫލުވެސް އޮތީ ނިންމާ ގެޒެތްކޮށްފައެވެ. 

    މަރުގެ ހުކުމް ތަންފީޒު ކުރުމަކަށް ގާނޫނީ ޝަރުއީ އެއްވެސް ހުރަހެއް ރާއްޖެއަކު މިހާރަކު ނެތެވެ. ގާނޫނު ނެތިގެން މަރުގެ ހުކުމް ތަންފީޒު ނުކުރެވިގެން އުޅޭ ވާހަކައަކީ ބަހަނާއެކެވެ. މަރުގެ އަދަބުދޭން ފަސްޖެހޭ ޖެހުމެކެވެ. 

    މުއިއްޒުގެ ވެރިކަމެއްގައި މަރުގެ ހުކުމް ތަންފީޒުކުރާނެކަމަށް ބުނެވީ ވައުދާއި ވެސް މުއިއްޒު އެހުންނަނީ ހިލާފުވެގެންނެވެ. މުއިއްޒުގެ ވެރިކަމުގެ މުއްދަތުގައި މަރުގެ ހުކުމް ތަންފީޒުނުކޮށް ވާން އޮތް ހުރިހާ ކަމެއް ކުރުމުގެ ގޮތުން ގާނޫނު ނެތުމުގެ ބަހަނާ އުފަން ކުރީއެވެ. 

    އެކި ފަހަރު އެކި ބަހަނާ ދައްކައިގެން މަރުގެ ހުކުމް ތަންފީޒުނުކޮށް ދިގުދެންމުމަކީ ހުވައާއި ހިލާފުވުމެވެ. ރައީސް މުއިއްޒު ހުވައާއި ހިލާފުވުމުގެ ދައުވާ ނުކޮށް ކުރާކަށް އެހެންކަމެއް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅުވައިގެން ކުރާކަށް ނެތެވެ. 

    ]]>
    Mon, 23 Mar 2026 15:40:46 +0500 މުއާޒު
    ޒަމީރަށް: ހަރަދު ކުޑަނުކޮށް އިސްރާފުކުރަން ތިބޭނީ ކިހާދުވަހަކު! https://heerasnews.com/3989 https://heerasnews.com/3989 ދުނިޔޭގެ ގައުމުތަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަމުން ދަނީ ސިޔާސީ ބޭނުމުގައި ކަމަށް ރާއްޖޭގެ މާލީ ވަޒީރު ބުނީމާ އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. ކޮންމެ ބޭނުމެއްގައި ނަމަވެސް ހަރަދު ކުޑަކުރުމަކީ ކުރަންޖެހޭ ކަމެއްކަމަކަށް މިހާރު މިއޮތް ބޯހަރު ދިވެހި ސަރުކާރުން ގަބޫލެއް ނުކުރެއެވެ. 

    ހަނގުރާމައިގެ ހާލަތަކަށް ދުނިޔެ ވެއްޓުމުގެ ކުރީންވެސް ރާއްޖޭގެ ހަރަދުތައް ކުޑަކުރުމަށް މުޅި ދުނިޔެއިން ވެސް އައި ގޮވާލަމުންނެވެ. ދަރަނިން ބޯހިކެން ނެތިގެން ރާއްޖެ އޮތީ ބަގުރޫޓް ހާލަތުގައިކަމަށް ދުނިޔޭގެ ރޭޓިންގ އެޖެންސީތަކުން އައީ ބުނަމުންނެވެ. ދުނިޔޭގެ މަލީ އިދާރާތަކުން ރާއްޖޭގެ ހާލަތާ ގުޅުވާ ބުނަމުން އައީ 2026 ވަނަ އަހަރަކީ ގޮންޖެހުން ބޮޑު ބިރުވެރި ހާލަތަކަށް ރާއްޖޭގެ މާލީ ހާލަތު ދާނެ އަހަރެއް ކަމަށެވެ. 

    އެހެނެކޭ ކިޔާ ރާއްޖޭގެ ސަރުކާރަކަށް ކަހެރުވަކެކޭ ވެސް ހިތަކަށް ނާރައެވެ. ދައުލަތް ލޫޓުވާ ތަޅާބުރުވާ އިސްރާފުކުރުމުގައި ތިބީ ދަނޑިމަތި އަބުރާލަ އަނބުރާލައެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި 120 ބިލިޔަންގެ ބަޖެޓެއް ވީދާކައި ހުސްކުރިއިރު ގައުމަށް ކުޑަވެސް ހަމަޖެހުމެއް ނާދެއެވެ. އެތެރެއާއި ބޭރުގެ ދަރަނި މަތި މައްޗަށް ދަނީ ބޮޑުކުރަމުންނެވެ. 

    ވަރަށް ހަމަޖެހިގެން އުޅޭކަމަށް ދެއްކޭއިރު ކުރިން ލިބުނު ގިނަ ބޭސް އާސަންދައިން ނުލިބޭތާ ގަންނަންވެސް ނުލިބެއެވެ. ގޭސް އަދި ލިބެނީ ނަމެއްގައެވެ. ތެލުގެ އަގު ހުރީ އާސްމާނުގައެވެ. ކަރަންޓާއި ފެނުގެ ހިދުމަތް އޮތީ ކެނޑޭ ނުކެނޑޭ ހިސާބުގައެވެ. ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދަލުގެ އަގަކަށް އަތެއް ނުފޯރައެވެ. މިހާލަތަށް ގައުމު ވެއްޓެމުން އައީ ހަނގުރާމައިގެ ސަބަބަކުން ނޫނެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިސްރާފު ބޮޑުވެ ހިންގުންތެރިކަމެއް ނެތް ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ. 

    ހަމަތެދެކެވެ. ސަރުކާރުން ނުދަރާ ގައުމެއް މާލީ އިދާރާއެއް ނެތް އިރު ސަރުކާރުން ފައިސާތަކެއް ލިބެން ނުޖެހޭ ކުންފުންޏެއް އާއިލާއެއް ރާއްޖެއަކު ނެތެވެ. މިހާލަތުގައި ގައުމު އޮއްވާ ބޮޑު ހަނގުރާމައެއްގެ ވިލާގަނޑުދަށުގައި ދުނިޔެވީމާ އަދިވެސް ހަރަދު ކުޑަނުކޮށް ޅޮސްއުނދޯއްޔަށް ރައްޔިތުން ލައިގެން ތިބެވިދާނެއޭ ހީވަނީ ހެއްޔެވެ. 

    ]]>
    Mon, 23 Mar 2026 13:28:45 +0500 މުއާޒު
    ދެއިންތިހާބު އެއްވާ ހިސާބުން އެންމެ ފުރަތަމަ ކަނޑާލަނީ އާސަންދަ! https://heerasnews.com/3988 https://heerasnews.com/3988 އިންތިހާބުތަކާ ދިމާކޮށް އެންމެ ބާރު ބޮޑުވާ އެކައްޗަކީ އާސަންދައެވެ. ވޯޓު ހޯދަން ރައްޔިތުން ގާތަށް ދިޔުމުން ދިމާވަނީ ބަލިހާލުގައި ގޮތްހުސްވެފައި ތިބި އެތައް ހާސް ރައްޔިތުންނާއެވެ. ނުރައްކާތެރި ދިގުލީ އެތައް ބައްޔަކާ ހަނގުރާމަ ކުރަމުންދާ ރައްޔިތު މީހުންނާ ދިމާވުމަކީ ވޯޓާ އާސަންދަ ލާޖެހޭ ސަބަބެވެ. ވޯޓު ހޯދުމަށް އާސަންދަ ދޭން މަޖުބޫރުވާ ސަބަބު އެ ނައްތާލަނީ އިންތިހާބުތައް އެއްކޮށްގެންނެވެ. 

    އެހެން ކަމުން ހަރަދު ކުޑަކުރުމުގެ ނަމުގައި މުއިއްޒު ސަރުކާރުން ދިމާކޮށްފައިހުރީ ރައްޔިތުންގެ ދިރިތިބުމާއި ދިރިއުޅުމާ ގުޅުން ހުރި ހަދަދުތައް ކުރުން ހުއްޓާލުމަށެވެ. މުއިއްޒު ސަރުކާރުން ހީލަތްތެރި ކަމާއެކު މިހާރު ރާވަމުންދަނީ އުމުރުން ދުވަސްވީ މީހުނަށްދޭ އިނާޔަތާއި ބޭސްސިޓީއަށް ސަލާންޖެހުން ހުއްޓުވާލުމަށް އެމްޑީޕީން ތައާރަފްކުރި އާސަންދަ ހުއްޓާލުމަށެވެ. ދެއިންތިހާބު އެއްވާ ހިސާބުން އާސަންދަ ކަނޑާލާނެއެވެ.  

    މުއިއްޒު ހަރަދު ކުޑަކުރުމުގެ ނަމުގައި އާސަންދަ ހުއްޓާލުމާ ރައްޔިތުންގެ 95 އިންސައތަ މީހުން ދެކޮޅެވެ. ކުރެވުނު މިނިވަން ސާވޭއަކުން ދައްކާ ގޮތުގައި އާސަންދަ ހުއްޓާލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. 

    ރައްޔިތުންގެ އިހުސާސަށް އެއްވެސް ބެލުމެއްނެތި މުއިއްޒު ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި އާސަންދަ ހުއްޓާލުމަށް ދަނީ ތައްޔާރުވަމުންނެވެ. އިތުބާރުހުރި މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި އާސަންދަ ހުއްޓާލުމުގެ ބިލް ލަހެއްނުވެ މަޖިލީހުގެ އިދާރާއަށް ފޮނުވާނެއެވެ. ދަނޑިވަޅުބަލާ އެޖެންޑާކޮށްގެން އާސަންދަ ހުއްޓާލުމަށް މުއިއްޒު ހުރީ ފޫގަޅައިގެންނެވެ. 

    މުއިއްޒަށް ދައުލަތް ހިންގަން އިރުޝާދުދޭ އޭނާގެ ދެބެންގެދެދަރި ބޭބެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ނަމިރާ ނާޒިމުގެ ބަހުން ވެސް މިސަރުކާރުން އާސަންދަ ހުއްޓާލަން އުޅޭކަން ވަނީ ކަށަވަރުވެފައެވެ. ނަމިރާ ނާޒިމު ބުނާ ގޮތުގައި އާސަންދައަކީ ރިފޯމްކޮށްގެން ވެސް ހިންގޭވަރުގެ ސްކީމެއް ނޫނެވެ. ނަމިރާ ނާޒިމު ބުނާގޮތުން އާސަންދަ ޖެހެނީ ހުއްޓާލާށެވެ. 

    އަޖައިބެއް ނުވާނެ ހެއްޔެވެ. އާސަންދަ ކަޑާލައިގެން ދައުލަތުގެ ހަޒާނައިން ކުރާކަށް އެހެން ކަމެއް ނުއޮންނާނެއެވެ. ދައުލަތުގެ ހަޒާނާއަކީ މުއިއްޒާއި ސާޖިދާ އަޗާތަޅާ ދުނިޔެ ބަލަން ދަތުރު ކުރަން އޮތް އެއްޗެއްނޫނެވެ. މުއިއްޒުގެ ބައި ގިނަކުރަން ބަޔަކަށް އަތްގުޅިނުކާ ވަރަށް މުސާރަ ދޭން އޮތްތަނެއްވެސް ނޫނެވެ. 

    ބަލިހާލުގައި އުޅޭ ރައްޔިތުމީހާ މަރަށްތެޅެން ދޫކޮށްލާފައި ދައުލަތުގެ ފައިސާއިން ކުރާކަށް އެހެން ކަމެއް ނުއޮންނާނެއެވެ. ރައްޔިތުން ބޭނުންވާ ގޮތަށް އާސަންދަ ނުދީ ބައިއަޅައިގެން ދައުލަތް ދަވާލަން ރައްޔިތުން ތިބީ މުއިއްޒަށް ފުރުސަތުދޭ ގޮތަކަށް ނޫނެވެ. 

    ]]>
    Mon, 23 Mar 2026 11:56:25 +0500 މުއާޒު
    ސަރަނގޭއަށް: 50 މިލިޔަންގެ ޑީލެއް ހަދާފާ ދަލުބޭރޭ މުޑަހަންޖޭ ނުކިޔާ! https://heerasnews.com/3987 https://heerasnews.com/3987 50 މިލިޔަނުގެ ލޯނު ޑީލެއް ދިނީމާ ރައީސް މުއިއްޒަށް ސަރަނގު އާދަމް މަނިކެއް ކަމަކު ތާއީދު ނުކުރާނެ ކަމެއް ނެތްތާއެވެ. ހަތަރެސްކަން ހަމަވަމުންދާ ރިސޯޓް މައްސަލަ އޮބަހައްޓާލަ ދިނުމަކީވެސް ކުޑަކަމެއް ނޫންތާއެވެ. 

    އަޑަށް ބާރުލާ ހާމަކަން ބޮޑުކޮށް އެމްޑީޕީއަށް އެއްޗެތި ކިޔާ ނުލިއްޔަކާ ސަރަނގޭއަށް މުއިއްޒާއި ދޫނި ބައިގަނޑު އިތުބާރެއް ނުކުރާނެއެވެ. ދައުލަތް ދަރާވިކި 500 މިލިޔަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏެއް ބޯމަތީގައި އޮއްވާ ރައްޔިތުންގެ ފައިސާއިން 50 މިލިޔަނުގެ އަޑިނޭނގޭ ލޯނެއް ދިނީމާ މުއިއްޒަށް ސަރަނގޭ ވަރަށް ބޮޑަށް އިތުބާރު ކުރާކަމަށް ބުނަންވެސް ވާނެއެވެ.

    މާލޭ މޭޔަރުކަމަށް މޫސާ އަލީ ޖަލީލު ގެންނަން ސަރަނގޭ ތާއީދު ކުރުމަކީ މުޅި މާލެ އެފަޅިއަށް އަރިވެގެން ދާނެކަމެކޭ ހީވަނީތާއެވެ. އެންމެ ފަހުން ސަރަނގޭ ވާދަކުރީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި އުތުރު މެންބަރު ކަމަށެވެ. ސަރަނގު އާދަމް މަނިކަށް 50 ވޯޓު ނުލިބުނެވެ. ރައީސަކު ހޮވަން އެންމެ ބޮޑަށް ސަރަނގޭ ފޫގަޅާފައި އުޅުނީ ޑރ. ވަހީދު ހޮވުމަށެވެ. އެ ފަކީރަށް މުޅި ގައުމުން ލިބުނީ އެންމެ %5 އެވެ. 

    ސަރަނގޭގެ ތާއީދަކީ އިންތިހާބުން ބަލިވާނެ ކަމުގެ ވަރުގަދަ ސިގުނަލެކެވެ. ރައީސް ސޯލިހު އިންތިހާބުން ފޭލިވީވެސް ފަހުވަގުތު ސަރަނގޭ ތާއީދު ކުރުމުންނޭ ވެސް ބުނެވިދާނެއެވެ. 

    ސަރަނގޭއަކީ އަބަދުމެ ދަލުބޭރުން ޖެހިޖެހި ހުންނަ މީހެކެވެ. އެމްޑީޕީން ކެނޑި ކެނޑިފައި ވަނުމަކީ ސަރަނގޭގެ ޒާތެވެ. އެމްޑީޕީއަށް ބެވިވަރަކުން ނޫނީ ހެދިޑީލްގެ ކަންކަން ފުރިހަމަ ވަމުންނެއް ނުދާނެއެވެ. ސަރަނގޭ މުއިއްޒަށް ވަފާތެރިކަން ދައްކަން ކުރާން އަދި ކުރެވެން އޮތްހާވެސް ކަމަކީ އެމްޑީޕީއަށް ބެވުމެވެ. 

    މުއިއްޒުގެ ވެރިކަމުގައި މިހިނގާ ދެ އަހަރު ގޯސްކޮށް ކަމެއް ދިޔަކަމަކަށް ސަރަނގޭއަށް މިވަގުތަކު ނުވާނެއެވެ. މައްސަލަ ޖެހިފައި އޮތް ރިސޯޓްގެ ކަންތައް ހަމަޔަކަށް އެޅި ރައްޔިތުންގެ ފައިސާއިން ފަންސާސް މިލިޔަން ރަނގަޅަށް ގޮހޮރަށް މެޅި ހަޖަމް ވަންދެން މުއިއްޒު ވަރެއް ނޯންނާނެއެވެ.  

    ]]>
    Sun, 22 Mar 2026 14:43:36 +0500 މުއާޒު
    އެއްފައި ގަރުދިޔަޖަގަހައިގާ އަނެއްފައި ބުޅާފެސިލިޓީގާ ބާއްވައިގެން ފުލުފުލުން ރޯވުމެއް ނުހުއްޓުވޭނެ! https://heerasnews.com/3986 https://heerasnews.com/3986

    މިހިނގާ މާރިޗުމަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު ދިގުރަށުގައި ހިނގި ނުރައްކާތެރި ހާދިސާ ހިނގީ ސަލާމަތާއި ރައްކާތެރިކަން ސަރުކާރަށް ކަށަވަރުކޮށް ނުދެވި އޮތުމުންނެވެ. ކައުންސިލްތަކަށް އެމީހުންގެ މުނިސިޕަލް ހިދުމަތް ދިނުމަށް ޖާގަނުދީ ސަރުކާރުން ހުރިހާ ކަމެއްގައި ބަގުޑި ބައްދައިގެން އޮތުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 

    ރޯވެ އަނދާ ހުލިވެދިޔަ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކްގެ ހާލަތު ވަޒަންކުރި އިދާރާއެއް ނެތެވެ. ހަދާ ހިންގާ އުސޫލެއް ރަނގަޅަށް ތަންފީޒުކުރެވޭނެ އިންތިޒާމެއް ސަރުކާރަކުން ނުކުރެއެވެ. ރާއްޔިތުންނާއި އެންމެ ގާތުން މަސައްކަތްކުރަންތި ކައުންސިލްތަކަށް ޒިންމާއެއް މަސައްކަތެއް ނެތެވެ.

    ދިގުރަށުގައި ހުރި ބިދޭސީ ސްޓާފް އެކަމަޑޭޝަނަކީ އިންސާނުން ދިރިއުޅެން އެކަށިގެންވާ ތަނެއްކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ޒިްނާއެކެވެ. އަަށް މީހަކު ފިހި، އޭގެ ތެރެއިން ފަސް މީހުން މަރުވިއިރު ދެ މީހަކު އަދިވެސް ވެންޓިލޭޓަރުގައި މަރާ ހަނގުރާމަ ކުރުމަކީ އެކަމުގެ ފުރިހަމަ ޒިންމާ ސަރުކަރުން ނުނަގާ ފަރުޖައްސާލެވޭނެ ކަންކަމެއްނޫނެވެ. ވީކަމެއް ވީއޭ ބުނެ ނިންމާލެވެން އޮތްކަމެއް ނޫނެވެ.

    ހަރުދަނާ އުސޫލުތައް އެކުލަވާލައި ރައްކާތެރިކަމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކަށަވަރުކޮށް ބެލެހެއްޓެނެ ނިޒާމެއް ގާއިމުކޮށް ކައުންސިލްތަކަށް ތަންފީޒުކުރަން ހަވާލު ކޮށްގެންނޫނީ ފުލުފުލުގައި ރޯވުންފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ކޮންޓްރޯލެއް ނުކުރެވޭނެއެވެ. މޮހަނަށް ދޯނި ދޭހެން ކައުންސިލަތަކާ ކަންކަން މަތި ކުރިޔަސް ކަމަކު ނުދާނެއެވެ.

    ތަނެއް އަނދާހުލިވެ އެތަނެއް ބިމާ ހަމަވެ މަރުވި ބަޔަކުވަޅުލާ ޒަހަމުވީ މީހުން ހޮސްޕިޓަލުން ދޫކޮށްލުމުން އެކަން ނިމުނީކަމަށް ސަރުކާރުން ދެކޭހާ ހިދެއްގައި ފުލުފުލުގައި ހިތާމަވެރި ހާދިސާތައް ނުހިނގާނެ ގޮތަކީ ނެތް ގޮތެކެވެ. މިހާރުން މިހާރަށް ވެސް ކުރަންޖެހޭކަމަކީ ކައުންސިލްތައް ބާރުވެރިކުރުވުމެވެ. ކައުންސިލްގެ އިހުތިސާސްގައިވާ ސަރަހައްދުގެ ސަލަމަތާ ރައްކާތެރިކަން ކަށަވަރުކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ ޒިންމާއަކަށް ހެދުމެވެ. އެކަމަށް ބޭނުންވާ ވަސީލަތާއި އިހުތިޔާރާ މީހުން ކައުންސިލުތަކަށް ސަރުކާރުން ދިނުން ނޫން ހައްލެއް ނެތެވެ. ރައީސް މީހާގެ އެއްފައި ގަރުދިޔަ ޖަގަހައިގައި އަނެއްފައި ބުޅާފެސިލިޓިގައި ބާއްވައިގެނެއް ފުލުފުލުގައި ރޯވުމެއް ނުހުއްޓުވޭނެއެވެ. 

    ]]>
    Sun, 22 Mar 2026 13:40:53 +0500 މުއާޒު
    މަސްވެރިއާއިލާތައް ބަޑަށްޖެހުމުގެ ރަތް ސިގްނަލް މަލިކުބައްތިއާ ހިސާބަށް https://heerasnews.com/3985 https://heerasnews.com/3985 2025 ވަނަ އަހަރު ރާއްޖޭގެ މަހުގެ އެކްސްޕޯޓަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. ވަކިން ހާއްސަކޮށް، އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ކަނޑުމަހުގެ އެކްސްޕޯޓް 109 އިންސައްތަ އިތުރުވެ، މެއި މަހުގެ ނިޔަލަށް 38800 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ. 

    2025 ނޮވެމްބަރުގެ ނިޔަލަށް ޖުމްލަ 69564 މެޓްރިކް ޓަނުގެ މަސް ރާއްޖެއިން ބޭރުކޮށްފައިވެއެވެ. 2024 ވަނަ އަހަރާ އަޅާބަލާއިރު އެއީ 86.9 އިންސައްތައިގެ ކުރިއެރުމެކެވެ. ބޭރުގެ ބާޒާރުތަކުގައި ދިވެހި މަހަށް އޮތް ޑިމާންޑް ބޮޑުވުމެވެ.

    2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 69,564 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައި ވާއިރު 2024 ވަނަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް ކުރެވުނީ 37213 މެޓްރިކް ޓަނެވެ.

    އެގޮތުން ބަލާއިރު 2025 ނިމުނުއިރު ކަނޑުމަހުގެ އުފެއްދުންތެރިކަން 80.2 އިންސައްތަ އިތުރުވެ ޖުމްލަ 72,878 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ. އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު އެކަނިވެސް 31157 މެޓްރިކް ޓަނުގެ ކަނޑުމަސް އެކްސްޕޯޓް ކުރެވުނެވެ.

    ކަންނެލީގެ އުފެއްދުންތެރިކަންވެސް ވަނީ 19.9 އިންސައްތަ އިތުރުވެފައެވެ. 2025 ވަނަ އަހަރު ބޭރުކުރި ރީނދޫ އުރަހަ ކަންނެލި 14950 މެޓްރިކް ޓަނަށް ވަނީ އަރާފައެވެ.

    2025 ގައި އެންމެ ގިނައިން ރާއްޖޭން މަސް ބޭރުކުރީ ތައިލެންޑަށެވެ. އެއީ ޖުމްލަ އެކްސްޕޯޓްގެ 53 އިންސައްތައެވެ. އިނގިރޭސި ވިލާތުން އެކްސްޕޯޓްގެ 18 ޕަސެންތް ހިއްސާކިރިއެވެ. މޮރިޝަސް، ފްރާންސް އަދި ވިއެޓްނާމަކީ ފާހަގަކޮށްލެވޭ ބާޒާރުތަކެވެ. މިހާބޮޑު ކުރިއެރުނމެއް ލިބުމުގެ މައިގަނޑު ސަބަބަކީ ގަނޑުކުރި އަދި ތާޒާ ކަނޑުމަސް ގިނަ އަދަދަކަށް އެކްސްޕޯޓް ކުރެވުމެވެ.

    މަސްވެރިކަމުގެ ހާލަތު އެހާ ރަނގަޅަށް އޮތްއިރު މަސްވެރިންނަށް އަދިވެސް ހަމައަގެއް ނުލިބެއެވެ. މަސްވެރިކަން ކުރުމަށް ބޭނުންވާ ތެޔޮލިބެނީ އިންތިހާއަށް ބޮޑު އަގުގައެވެ. ސަރުކާރުން މަސްވެރިންނަށް ތެޔޮ ފޯރުކޮށް ނުދެވި މަސްވެރިންގެ އާއިލާތައް ބަނޑަށް ޖެހުމުގެ ރަތް ސިގުނަލު މަލިކުބައްތިއާއި ހިސާބަށް ހުރީ ދިއްލި ދިއްލިއެވެ.

    ]]>
    Sun, 22 Mar 2026 12:28:35 +0500 މުއާޒު
    ފުލުފުލުގައި ރޯވަނީ ކައުންސިލްތަކުގެ ވަރަކޮށާލާފައި އޮތުމުން https://heerasnews.com/3984 https://heerasnews.com/3984 ފުލުފުލުގައި މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގާ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް އެބަވެއެވެ. ހަމައެހެން ރާއްޖެތެރޭގައިވެސް އެފަދަ ހާދިސާތައް ހިނގަނީ މަދެއް ސުމާރެއްކޮށް ނޫނެވެ.

    މާލޭގައިހުރި ކެމިކަލް ގުދަނެއްގައި ރޯވެ އެތައް ގެއަކަށް ގެއްލުންވެ މީހަކު އަދައިގެން ދިޔަފަހުން މާގިނަ ދުވަހެއް އަދިނުވެއެވެ. ބިދޭސީންގެ ގިނަބަޔަކު ނިދާ ކައިބޮއި ހަދަން ބޭނުންކުރި ތަނެއްގައި ރޯވެ 11 މީހުން އަދައިގެން ދިޔައީވެސް ވަރަށް ފަހުންނެވެ. އެގެ ފަހުންވެސް ކުދިބޮޑު އެތައް އަލިފާނުގެ ހާދިސާއެއް މާލެ ސަރަހައްދުގައި ހިނގާ އެތައް ބޮޑެތި ގެއްލުންތައްވަނީ ލިބިފައެވެ. 

    އިހަށް ދުވަހު ދިގުރަށުގައި ސްޓާފް ކުއާޓެއްގައި ރޯވެ ބަޔަކު އަދައި ހުލިވެއްޖެއެވެ. އޭގެ ފަހުންވެސް ގެއްލުން ބޮޑު އަލިފާނުގެ ހަދިސާތަކެއް މާލެ ސަރަހައްދުގައި ވަނީ ހިނގާފައެވެ. މިހާރު މިއޮތީ މާލޭގައި ހުރި ގަސްކާނާ ގުދަނެއްގައި އަލިފާން ރޯވެ އެކަމުގެ ގެއްލުމާ ކުރިމަތިވެފައެވެ.  

    ފަސޭހައިން އަލިފާން ހިފާޒާތުގެ ތަކެތި ރައްކާކުރާ ގުދަންތައް މާލޭން ބޭރުކުރުމުގެ އަމަލީ މަސައްކަތްފަށާ އުސޫލުތައް އެކުލަވާލާ ހެދިތާ ކިތަންމެ ޒަމާނެކެވެ. ހަމައެހެންމެ ބިދޭސީން ގެންގުޅޭ ފަރާތްތަކުން ސްޓާފް ކުއާރޓްތައް ފަދަ ތަންތަން ހަދާ ބޭނުން ކުރުމަށްވެސް އުސޫލުތައް ހަދާފައިވެއެވެ. 

    އެހެނެއް ކަމަކު ހަދާ ހިންގާ ގާނޫނތަކާއި ގަވައިދުތަކާއި އުސޫލުތައް މޮނިޓަރކޮށް ބެލެހެއްޓުމަށް މުޅި ދައުލަތް ވަނީ ނުކުޅެދިފައެވެ. ސަރުކާރުގެ މުށުތެރެއަށް ހުރިހާކަމެއް ގެނެސް ބައްކުރުމުގެ ސަބަބުން އެއްކަމެއްވެސް ރަނގަޅަކަށް ނުހިނގައެވެ. ނުބެލެއެވެ. ނުބެލެހެއްޓެއެވެ. ސަރުކާރަށް ނާވާއިރުވެސް އެހެން ބަޔަކުވެސް އެކަންކަން ކޮށްގެންނުވެއެވެ. 

    ހަގީގަތުގައި ކޮންމެ ލޯކަލް ކައުންސިލެއްގެ އިހުތިސާސްގައި ވާހަތަނެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކައުންސިލްތަކުގެ ކަމެކެވެ  ކައުންސިލުތަކުން އެ ބާރު ނަގާ ސަރުކާރުން ކުރާކަމަކަށް ހަދާފައި އޮތުމަކީ ނުރައްކާތެރި ހާދިސާތައް ހިނގާން ދިމާވާ މައިގަނޑު ސަބަބެވެ. އެހެނީ ދުވަހުން ދުވަހަށް ރަށްތަކާއި ސިޓީތައް މޮނިޓަރކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ މުނިސިޕަލް ޒިންމާއެކެވެ. ކައުންސިލްތައް މެދުވެރިކޮށް އުސޫލުތަކާއި އެއްގޮތަށް ކަންކަން ހުރޭތޯ ބެލޭނަމަ ހިތާމަވެރި ހާދިސާތައް ހިނގާނީ ވަރަށް މަދުންނެވެ. 

    ސަރުކާރުން އުސޫލުތައް ކަނޑައަޅާ އުސޫލާއެއްގޮތަށް މުނިސިޕަލް ހިދުމަތްދޭން ކައުންސިތަކަށް ޖާގަދޭނަމަ އެހެނެއް ނުވީހެވެ. އުސޫލާ އެއްގޮތަށް ކަންކަން ތަރުތީބުކުރުވާ މޮނިޓަރކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ ކަމެއްގެ ގޮތުގައި ދުވަހުން ދުވަހަށް ބެލެހެއްޓޭނެހެން އިންތިޒާމް ކޮށްގެން މުނިސިޕަލް އިންސްޕެކްޓަރުން ނެރެގެން ކަންކަން ތަރުތީބުން ހިނގާތޯ ބަލުމަކީ ކައުންސިލަށް ކުރެވޭނެ ކަންކަމެވެ. 

    ކޮންމެ ކަމަކީ ރައީސްގެ ލަފަޔާއި އިރުޝާދާއި ހެޔޮފުޅުކަމުން ކުރާކަމަކަށް ހަދަން އުޅެން ހަދައިގެން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބި އެތައް ބައެއްގެ ފުރާނަ ދަނީއެވެ. ކައުންސިލްތަކުގެ މުނިސިޕަލް އިނިސްޕެކްޓަރުން މަދުކޮށް ދޭއިނާޔަތްތައް ކަނޑާލާ ކައުންސިލްތަކުގެ ވާގިނައްތާލާ ބުޅާ ފެސިލީޓިއަށް ދާންދެން ސަރުކާރުން ބަލަހައްޓަން ދިމާކުރީމާ ވާނެއެތި މިހުރެވަނީއެވެ. 

    ]]>
    Sat, 21 Mar 2026 19:15:53 +0500 މުއާޒު
    މާލެއަށް އާދަމް އާޒިމަށްވުރެ ރަގަޅު ޗޮއިސްއެއް ނެތް https://heerasnews.com/3983 https://heerasnews.com/3983 އާދަމް އާޒިމް އަލުން އިންތިހާބުކުރުމަކީ ތަޖުރިބާއާއި، މެދުނުކެނޑި މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރުން ސާބިތުވެފައިވާ ހިންގުންތެރިކަމަށް ދެވޭ ވޯޓެކެވެ.

    މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމާއި، ތޮއްޖެހުމާއި، އުމްރާނީ ވަސީލަތްތަކަށް އޮތް ބާރުބޮޑުވުން ފަދަ ގޮންޖެހުންތަކާއި އެ ކަންކަމުގެ ހައްލު އާޒިމަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އަދި އެކަންކަމަށް ހަލުވި ހައްލުތަކެއް ހޯއްދަވައިދެއްވުމަށް ބޭނުންވާ ޢިލްމާއި ޙިލްމު ވެސް އޭނާގެ ކިބައިގައި އެބަހުއްޓެވެ.

    އާޒިމް މޭޔަރުކަމާއި ހަވާލުވިއިރު މާލެ ސިޓީ ކައުންގެ ހިދުމަތްދެނީ އެތަން މިތަނުގައި ތަންތަން ކުއްޔަށް ހިފައިގެންނެވެ. އެކި ތަންތަން ކުއްޔައް ހިފައިގެން ދެމުން ދިޔަ ހިދުމަތް ވަނީ އެއް ފުރާޅެއްގެ ދަށައް ގެނެވިފައެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ މަހަކު ކުލީގެ ގޮތުގައި ހަރަދުކުރި 350،000ރ. މިހާރުވަނީ ސަލާމަތްކުރެވިފައެވެ.

    ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތް މަސްޖިދުލް އަމާނީ މަރާތުނުކޮށް ގިނަ ދުވަސްތަކެއްވެ ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް އެ މިސްކިތް މަރާމާތުކޮށް ނިންމައިފިއެވެ. 

    10 އަހަރު ވަންދެން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކޮށް ހުޅުވައިފިއެވެ. 

    މާލެ ސިޓީއިން ކުއްޔައް ދޫކޮއްފައިހުރި މަސް މާރުކޭޓު ކުރިން ކުލީގެ ގޮތުގައި މަހަކު ލިބެނީ އެންމެ 76،000 ރުފިޔާއެވެ. އާދަމް ޢާޒިމްގެ ހިކުމަތްތެރިކަމުން މަސްމާރުކޭޓުން ކުލީގެ ގޮތުގައި މަހަކު 400،000 ރުފަިޔާ ލިބޭނެ ގޮތްވަނީ ހަދާފައެވެ.

    ވިލިމާލޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ގުރުއާން ކިޔަވައިދޭ ކްލާހެއް ތަރައްގީކޮށް ވަނީ ހުޅުވާފައެވެ.

    ފެން ބޮޑުވުން ހައްލުކޮށް މަގުތަކުގެ ސާފުތާހިރުކަން ހިފެހެއްޓުމަށް ކާނު ސާފުކުރުމާއި މަގުތައް މަރާމާތުކުރުމަކީ ދުވަހީ ހަރަކާތްތަކަކަށް ވަނީ ބަދަލުކޮށްފައެވެ.

    ކުރުމުއްދަތެއްގައި އާދަމް އާޒިމް ބޮޑު ހެޔޮ ބަދަލެއް އާޒިމް ވަނީ ގެނެސްދެއްވާފައެވެ. ހަމަޖެހޭ ތަރައްގިވެފައިވާ ރައްކާތެރި މާލެ ސިޓިއަކަށް އާދަމް އާޒިމަށްވުރެ ވަކީން ރަގަޅު ޗޮއިސްއެއް ނެތެވެ. 

     

    ]]>
    Sat, 21 Mar 2026 17:14:51 +0500 މުއާޒު
    އީރާނުގެ ހަމަލާތައް ފޯޅަވައްސަށް https://heerasnews.com/3982 https://heerasnews.com/3982 އީރާނުގެ މިސައިލް ހަމަލާތައް މެދުއިރުމައްޗަށްވުރެ މާ ދުރަށް ފޯރާކަން އެގައުމުން ސާބިތުކޮށްދީފިއެވެ.

    އީރާނާ 4,000 ކިލޯމީޓަރު ދުރުގައި އިންޑިއާ ކަނޑުގެ މެދުގައި، އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް އީރާނުން ވަނީ މެދު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ފޮނުވާލާފައެވެ. އީރާނުގެ ދެ ހަމަލާ އެ މަރުކަޒަށް ސީދާ ނޭރި ނަމަވެސް، ދިން މެސެޖުގެ ބާރުގަދަކަން ހަނގުރާމަވެރި އާލާތަކަށް ވުރެ މާ ބޮޑެވެ.

    އީރާނުން މީގެ ކުރިން އަބަދުވެސް ރަސްމީކޮށް ހާމަކުރަމުން ދިޔައީ އެގައުމުގެ މިސައިލްތަކުގެ ރާސްތާއަކީ އެންމެ ދުރުވެގެން 2,000 ކިލޯމީޓަރު ކަމަށެވެ. ނަމަވެސް ފޯޅަވައްސަށް އަމާޒުކޮށް ހަމަލާ ދިނުމާއެކު އެ އަދަދު ދެގުނައަށް އިތުރުކަން މިވަނީ ހާމަވެފައެވެ.

    އިރާނުން މި ހަމަލާގައި ބޭނުންކޮށްފައިވަނީ މެދު ރާސްތާގެ ބެލިސްޓިކް މިސައިލްތަކެކެވެ. ބެލެވޭ ގޮތުގައި މިއީ "ހައްރަމްޝަހަރު-4" (Khorramshahr-4) މަރުކާގެ މިސައިލްތަކެކެވެ.

    ފޯޅަވައްއސަށް ހަމަލާ ދިނުމަށް ބޭނުންކުރި " ހައްރަމްޝަހަރު-4 " މަރުކާގެ މިސައިލަކީ، ފާއިތުވި ތިން ހަފުތާގައި އިޒްރޭލުގެ ސިޓީތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ "ކްލަސްޓަރ" ވަޒަން ވެސް އުފުލުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ.

    ފޯޅަވައްސަށް ހަމަލާ ދިނުމަށް ދެ މިސައިލެއް ފޮނުވާލި ނަމަވެސް، އަމާޒުކުރި އަސްކަރީ މަރުކަޒަށް އެއިން އެއްވެސް މިސައިލެއް ސީދާވެފައެއް ނުވެއެވެ. އޭގެ ތެރެއިން އެއް މިސައިލް އުދުހެމުން ދަނިކޮށް އަމިއްލައަށް ފެއިލްވިއިރު، ދެވަނަ މިސައިލް އެމެރިކާގެ  އަސްކަރީ މަނަވަރަކުން ވަނީ "އެސް.އެމް-3" (SM-3) އިންޓަރސެޕްޓަރ މިސައިލެއް ބޭނުންކޮށްގެން ވައްޓާލާފައެވެ. އެހެންކަމުން، އެ މަރުކަޒަށް އެއްވެސް ގެއްލުމެއް ނުވެ ވަނީ ސަލާމަތްވެފައެވެ.

    މިއީ ވަރަށް ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ. ސަބަބަކީ މީގެ ކުރިން ބެލެވިފައި އޮތީ އިރާނުގެ މިސައިލްތަކުގެ އެންމެ ދުރު ރާސްތާއަކީ 2000 ކިލޯމީޓަރު ކަމަށެވެ. ނަމަވެސް، މި ހާދިސާއިން އެނގިގެންދިޔައީ އޭގެ ދެގުނަ ދުރަށް މިސައިލް ފޮނުވާލުމުގެ ގާބިލުކަން މިހާރު އިރާނަށް ލިބިފައިވާ ކަމެވެ.

    މިއީ އިރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށާއި އެ ގައުމުގެ އިސްވެރިންނަށް އަމާޒުކޮށް އެމެރިކާއާއި އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ދިން ވަރުގަދަ އިންޒާރެކެވެ. އަދި މިކަމުގެ ސަބަބުން މެދުއިރުމަތީގެ ހަނގުރާމައިގެ ނުރައްކާ މިހާރު އިންޑިއާ ކަނޑުގެ ސަރަހައްދަށް ފެތުރެމުންދާކަން ހާމަވެގެންދެއެވެ.

    ތެހެރާނުން ފެށިގެން 4,000 ކިލޯމީޓަރުގެ ދުރުމިނަކީ ޕެރިހާއި، ލަންޑަނާއި، މުޅި ޔޫރަޕްގެ ބޮޑު ބައެއް ހިމެނޭ ވަރުގެ ބޮޑު ސަރަހައްދެކެވެ.

    މި ހަނގުރާމައަކީ ހަމައެކަނި މެދުއިރުމަތީގައި އޮތް މައްސަލައެއް ކަމަށް ދެކެމުން އައި ނޭޓޯ (NATO) ގެ ގައުމުތަކަށް މިހާރު އެ ވަނީ ފެނިފައެވެ. އީރާނުގެ މިސައިލްތައް ޔޫރަޕްގެ ގައުމުތަކުގެ ގޭގެ ދޮރުމައްޗާ ހަމައަށް ފޯރުމުގެ ގާބިލުކަން ހުރިކަން އަމަލީ ގޮތުން ފެނިގެން ދިޔަކަމަކަށް ފޯޅަވައްސަށް ހަމަލާ ދިނުން ވެގެން ދިޔައީއެވެ. 

    އެމެރިކާގެ ހަނގުރާމަމަތީ ބޯޓުފަހަރަށް ދިވެހިރާއްޖޭން ތެޔޮ އަޅާދިނުން ފަދަ އެހީތެރިކަން ދިނުމަކީ އީރާނުގެ ހަމަލާއެއް އަމާޒުވުމުގެ ބިރު އޮތްކަމެއްކަން ވެސް ފޯޅަވައްސަށް އީރާނުން ހަމަލާ އަމާޒު ކުރުން ވެގެން ހިނގައްޖެއެވެ.  

    ]]>
    Sat, 21 Mar 2026 11:47:14 +0500 މުއާޒު
    2025 ނިމި ތިންމަސް! ގެދޮރުވެރިކަން ކަށަވަރު ކޮށްދިނީ ކާކަށް! https://heerasnews.com/3981 https://heerasnews.com/3981 2025 ވަނަ އަހަރުގެ މޭމަސް ނިމިނިމި އޮއްވާ ރައްޔިތުންނަށް ވަރަށް ބޮޑު ޔަގީންކަމެއް ރައީސް މުއިއްޒު ދެއްވިއެވެ. ރައީސް ދެއްވި ޔަގީން ކަމަކީ އުމުރުން 18 އަހަރު ފުރިފައިވާ ގެދޮރު ނެތް އެންމެންނަށް 2025 ނިމުމުގެ ކުރީން ގެދޮރުވެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަމެވެ. 

    2025 ވަނައަހަރު ނިމި 2026 ގެ ފުރަތަމަ 3 މަސް ވެސް ނިމެންދަނީއެވެ. ގެދޮރުނެތް 18 އަހަރު ފުރިފައިވާ އެކަކަށްވެސް މުއިއްޒު ސަރުކާރުން ކަށަވަރުކޮށް ދެވުނު ގެދޮރުވެރިކަމެއް އަދި ނެތެވެ. ރައީސް މުއިއްޒުގެ ވެރިކަމުގެ ދައުރު ނިމޭއިރުވެސް އެއްޔަކީ ވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. 

    ރައީސް މުއިއްޒަށް އެ އުޅުއްވެނީ ކުރީގެ ރައީސް ސޯލިހު ސަރުކާރުން 4000 ހާސް އާއިލާއަކަށް ކަށަވަރު ކޮށްދީފައިވާ ފްލެޓްކޮޅު ހަވާލު ނުކުރެއްވިގެންނެވެ. މާލޭ ރަށްވެހިންނަށް އޭރު ދެއްވި 9004 ގޯތި ހަވާލު ނުކުރެއްވިގެންނެވެ. 

    ރާއްޖޭގައި 18 އަހަރު ފުރެފައި ތިބި ގެދޮރުނެތް އެންމެނަށް އެންމެ އަށް މަސް ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ކަށަވަރުކޮށްދީ ނިންމާނެކަމަށް ރައީސް މުއިއްޒު ވިދާޅުވީ ކޮންފަދަ ޖާދޫއަކުން އެކަން ކުރައްވަން ބާވައެވެ، ހަމަގައިމުވެސް ސްކީމެއް އިއުލާނުކޮށްފައި ގޯއްޗާއި ފުލެޓަށް އެދުމަށް އިއުލާނު ކުރިއަކަސް އެއްޔަކީ ގެދޮރުވެރިކަން ކަށަވަރުކޮށް ދެވުމެއް ނޫނެވެ. 

    ސްކީމެއް އިއުލާނުކޮށްގެން ގެދޮރު ދޭން އުޅުމަށްވުރެ 18 އަހަރު ފުރިފައި ތިބި ގެދޮރު ނެތް އެންމެން ދިވެހިރާއްޖޭގެ ރައްޔިތުކަމުން ވަކިކޮށްލިނަމަ އެހެން ކަމެއްނުކޮށް އެ މުއްދަތަށް އެކަން ނިމުނީހެވެ. 18 އަހަރު ފުރިފައި ތިބި ހުރިހާ ދިވެހި ރައްޔިތުންނަށް ގައިމު ވެސް އޭރުން އޮތީހީ ގެދޮރުވެރިކަން ކަށަވަރު ވެފައެވެ. 18 އަހަރު ފުރިފައި ގެދޮރުނެތް އެންމެނަށް 2025 ނިމުމުގެ ކުރީން ޖާދޫގެ ބޭހަކުން ވިޔަސް ސަހަރާއިން ބިންކޮޅެއް ކަށަވަރު ކޮށްދިން ނަވެސް މުއިއްޒުގެ ވައުދު ފުއްދުނީސްތާއެވެ.

    އަންތަރީސް ވާވަރަށް ފުލުފުލުގައި ދޮގު ނުހެއްޖަސް މުއިއްޒަށް ވެރިކަން ކުރެއްވޭނެއެވެ. ދޮގުމައްޗަށް ދޮގުހަދަމުން ދަނީ ކޮންކަމެއް ނުވެގެން ހެއްޔެވެ. ނުފުއްދޭ ވައުދުވެ ހަދަނީ ހުސް ދޮގުކަން ތުއްތުކުދިންނަށް ވެސް އެނގޭ ވަރުވީމާ ކައްޒާބޭ ވެސް މީހުން ކިޔާނެއެވެ.    

    ]]>
    Fri, 20 Mar 2026 09:07:59 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 29 https://heerasnews.com/3980 https://heerasnews.com/3980 ދުވަހުގެ ދުއާ:

    رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ – المؤمنون 109

    އަޅަމެންގެ ރައްބު! އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް ރަހުމަތް ލައްވާނދޭވެ! އިބައިލާހީ، ރަހުމަތްލައްވާ އެންމެހެޔޮ އިލާހެވެ.

    ދުވަހުގެ ނަސޭހަތް:

    އީމާންވެ ހުރެ، ހެޔޮ އަމަލު ނުކުރާ މީހަކަށް ސުވަރުގެ ވަދެވޭނެ ކަމަށް އުންމީދުކުރުމެއް ނެތެވެ! ސުވަރުގެ ވަދެވުމަކީ އެކަމަށް އެދުމުން އެކަނި ހާސިލުވާން އޮތް ކަމެއް ނޫނެވެ! އެކަން ހާސިލުކުރެވޭނީ އެކަމަށް އެދިގެން ހެޔޮ އަމަލު ކުރި ވަރަކުންނެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.

    ދުވަހުގެ ނަމާދު ވަގުތު: މާލެސިޓީ

    * އިރު އެރީ: 06:10

    ފަތިސް:    04:58 

    މެންދުރު:   12:18

    އަސްރު:    15:23

    މަގުރިބު:    18:19

    އިޝާ:     19:30

    ]]>
    Thu, 19 Mar 2026 17:36:47 +0500 މުއާޒު
    ޝިއުނާ އަށް: ގަދަކަމަނާ ހެދެން ހަދައިގެން ވެވެނީ ބަރަހަނާ https://heerasnews.com/3979 https://heerasnews.com/3979 ކަންކަމުގައި ހޭދެބައިވެގެން ވާހަކަ ދެއްކުމަކީ ޝިއުނާގެ ފުށުން އަލަކަށް ފެނުނު ކަމެއް ނޫނެވެ. ސައިޒަށްވުރެ ބޮޑު ބޫޓަކަށް އެރުނީމާ ވެސް ވާނީ އެހެންނެވެ. ފައި ހޫރާލާއިރަށް ބޫޓުކިބަ ނެއްޓިގެން އެނބުރިއައިސް ތިޔަ ޖެހެނީ އަމިއްލަ ބޮލުގައެވެ. 

    ނޫނޭވާ ޝިއުނާއަށް މިގައުމުގައި ކާކު ކުރީކީއްކަން ވަރަށް އެބަ އެނގެއެވެ. ތިމާވަރު މީހަކު ނެތިގެން އާއްމުކޮށް އަނގަ ދިޔާކުރާއިރު ތިމާއަށް ތަންދޮރު ނޭނގޭކަން އަމިއްލައަށް ތިޔަ ހާމަ ކޮށްދެނީއެވެ. ޝިއުނާ ކަންކަމުގައި ރައްދުދީ ވާހަކަ ދައްކަނީ އެއްވެސް އެއްޗެއް އެނގިގެން ނޫންކަން އަމިއްލައަށް ތިޔަ ފަލީހަތް ވަނީއެވެ. 

    އުސްތާޒު ހުސްނުއްސުއޫދު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވީ ދަށު ކޯޓެއްގެ ފަނޑިޔަރުކަން ވެސް ނުކޮށް ކަމަށް ބުނެ ކަނޑައެޅިގެން މާސިންގާ ދޮގެއް ފަތުރާލީ ކާކަށް ކޮން އެއްޗެއް އޮޅޭނެ ކަމަށް ހެއްޔެވެ. އުސްތާޒު ސުއޫދަކީ ދިވެހިރާއްޖޭގެ މަދަނީ ކޯޓުގެ އިސް ގާޒީކަން ކުރައްވާފައިވާ ބޭފުޅެއްކަން ނޭނގޭ މީހަކު މީހުންގެ ތެރެއަށް ނިކުމެލާ ނޫޅޭނެއެވެ. 

    ހުސްނުއްސުއޫދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އިސްކުރެވުނީ ފަނޑިޔާރު ކަމުގެ އެއްވެސް ތަޖުރިބާއެއް ނެތިކަމަށް ބުނެ ޝިއުނާ ފޮނުއެރުވުމުން ސުއޫދުގެ އިއްޒަތުއްނަފްސަކަށް ލިބޭނެ އުނިކަމެއް ނެތެވެ. އެކަމުން ބޮޑަށް ހާމަވެގެން ދިޔައީ ޝިއުނާގެ ގޮތް ނެތް ކަމެވެ. ތަންދޮރު ނޭނގޭ ކަމެވެ. ޝިއުނާ ދައްކާ ވާހަކައިގެ އިތުބާރެއް ނެތްކަމެވެ. ގަދަކަމަނާ ހެދެން ހަދައިގެން ވެވެނީ ބަރަހަނާއެވެ. 

    އިންޑިއާގެ ބޮޑުވަޒީރު ލަކުޑިދީބު ރަށެއްގެ މޫދަށް އެރެލާ ގޮނޑު ދޮށުގައި ހިނގާލުމުން ދުނިޔެ ރަންވެގެން އުޅުނު މަންޒަރު ވެސް ދުށީމެވެ. އަނގަ ގަދަ މިތުރު ހެދިގެން ތެޅެގަތް ވައްތަރުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުންތަކެއް ގައުމަށް ދިންތަން ދުށީމެވެ. އެ އޮތް ބޮޑު އުތުރުކަރަ އެކުގައި ނިކުމެ ރާއްޖެ ބޮއިކޮޓްކޮށް ދުނިޔެއަށް ރާއްޖެ ގިނަކޮށްލި ސަބަބަކަށް ޝިއުނާގެ ރޯނު އެދުރުކަން ވެގެން ދިޔައެވެ.

    ދުނިޔޭގެ އާޖުފާޖު ނޭނގި އޭރު އެޖެހި ސަކަރާތުން އެތައް މިލިޔަން ޑޮލަރެއްގެ ގެއްލުން ރާއްޖެއަށް ލިބުނެވެ. އެންމެ ފަހުން އިންޑިއާގެ ފައިބުޑަށް ތިރިވެ ބޯ ގުދުކޮށްގެން މޯދީ ތުބުން ވެއްޓޭ ބަތްފުށް ކެއުންނޫން ގޮތެއް ނެތް ހާލަތަށް އިންޑިއާއިން ޝިއުނާމެން ދަނޑިމަތި އަބުރާ ސަރުކާރު ތިޔަ އޮތީ ވައްޓާލާފައެވެ. ހަމަ ތެދެކެވެ. މިނޫން ދުވަހަކުން ޝިއުނާމެން ގަސްދުގައި ރާއްޖެއަށް ގެއްލުމުގެ ބަދަލު ދޭންޖެހޭނެއެވެ. ތައްޔާރަށް ހުންނާށެވެ. 

    ]]>
    Thu, 19 Mar 2026 15:55:05 +0500 މުއާޒު
    120 ބިލިއަން ހަރަދުކޮށްފި& ތިޔަ ރަށަށްވީ ކޮން ކަމެއް: ޝާހިދު https://heerasnews.com/3977 https://heerasnews.com/3977 ދައުލަތުގެ ބަޖެޓުގެ ގޮތުގައި މުއިއްޒު ސަރުކާރުން މިހާތަނަށް ސަތޭކަ ވިހި ބިލިއަން ހަރަދު ކޮށްފިއެވެ. އެހާ ބޮޑު ހޭދައެއް ބަޖެޓުން ކުރިއިރު ކޮންމެ މީހަކުވެސް އެމީހަކު ނިސްބަތްވާ ރަށަށް އެބަޖެޓުން ވީކޮންކަމެއްތޯ ވިސްނާލައްވާށެވެ. 

    އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު ވިދާޅުވަނީ އެވާހަކައެވެ. އެހާ ބޮޑު ހޭދައެއް ބަޖެޓުން ކުރިއިރު ރަށްރަށަށް ވީ ކަމެއްވެސް އޮންނަންވާނެ ތާއެވެ. އޮނަރަބަލް ޝާހިދު ވިދާޅުވާގޮތުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްގީގެ އެއްވެސް ކަމެއް ނުހިނގައެވެ. ހުރިހާ ރަށެއްގައި ތަރައްގީވަނީ ހުއްޓިފައެވެ. 

    މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ ބަޖެޓުގެ ބޮތުގައި 120 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު މިއަހަރުގެ ބަޖެޓަކީ 64 ބިލިއަނެވެ. ބިލިޔަނުން ރާއްޖެއަށް ލިބޭ އާމްދަނީއަކީ ދިވެހި ރައްޔިތުންގެ ފައިސާއެވެ. 

    އޮނަރަބަލް ޝާހިދު ވިދާޅުވަނީ 120 ބިލިޔަނުގެ ބަޖެޓުން ރަށްރަށުގެ ރައްޔިތުންނަށް ވީކަމެއް ހަރާމުން ހަރާންކަމަށެވެ. އެއް ކަމެއްވެސް ނުވާކަމަށެވެ. 

    ޝާހިދު ވިދާޅުވަނީ އަސާސީ ހިދުމަތްތައް ވެސް ހުއްޓިފައިވާ ކަމަށެވެ. "ބޭހެއް ލިބެނީކީ ނޫން، އަސާސީ އެއްވެސް ކަމެއް ފުރިހަމައަށް ހިނގަނީކީ ނޫން" ޝާހިދު ވިދާޅުވިއެވެ. އެ ދަރަޖައަށް ގައުމުގެ ކަންކަން ދިޔުމުން ސަރުކާރަކަށް ރައްޔިތުން ނިކުމެ ނޫނެކޭ ބުނަން ޖެހެއެވެ،

    ]]>
    Thu, 19 Mar 2026 14:13:09 +0500 މުއާޒު
    ލުޓޭރުން ޒިންމާވާން ނުޖެހޭ ބޮޑުންގެ ދައުލަތް https://heerasnews.com/3976 https://heerasnews.com/3976 ދިވެހިރާއްޖެއަކީ ފިސާރި ގައުމެކެވެ. ވެރިކަން ކުރާބަޔަކު ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް ބެލޭނެ ގޮތެއް ނޯވެއެވެ. ވެރިކަމުގައި ތިއްބާ ނުބެލޭތާ ވެރިކަމުން ފޭބުމުންވެސް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯވެއެވެ. ކިތަންމެ ބޮޑު ހިޔާނާތެއް ވެފައި އޮތަސް ވަރިހަމައެވެ. ޒިންމާވާ މީހަކު ޒިންމާނެ މީހަކު ނުހުރެއެވެ. 

    ރައީސް މައުމޫނު ވެރިކަމުގައި ހިނގަދިޔަހާ ޖަރީމާތަކަށް އިންސާފެއް ނުލިބެއެވެ. އޭރުވެސް އެތައް މިލިޔަންގެ ތުހުމަތުތައް ކުރެވުނެވެ. އެފްޕީއައިޑީ އާއި އެއަރ މޯލްޑިވްސް އާއި އެނޫންވެސް އެތައް ހިޔާނާތެއް ފެންމަތިވިއެވެ. އެތައް ހިޔަނާތެއް ސާބުތިވެސް ވިއެވެ. އެކަމަކު މީހަކަށް އެކަށީގެންވާ އަދަބެއް ނުލިބޭތާ ދައުލަތުން ގެއްލުނު އެންމެ ފައިސާ ފޮއްޗެއްވެސް ނުލިބެއެވެ.

    އަނެއްކޮޅުން މައުމޫނު ވެރިކަމުގައި ހިގާދިޔަ ކަމަށް ތުހުމަތުކުރެވުނު ޔާމީނުގެ 800 މިލިޔަން ޑޮލަރުގެ ތެޔޮ ޑީލާއި ގައުމީ ޝިޕިންގ ލައިން ހުލިވެ ދިޔަގޮތާއި ސްޓެލްކޯ އަށް ގެނައި ބައު އިންޖީނުތަކުގެ ޑީލްތަކާއި އެސްޓީއޯ ސައިފަތް ދަނޑާއި މިހެން ކިޔާފާ ނުކިޔާނެ ކަމެއްނެތެވެ. އެއިން އެއްކަމެއް ނުބެލި ކެއިބަޔަކު ކައިފުރައިގެން އެތިބަ އުޅެނަގަނީއެވެ. ދައުލަތަށް ވީގެއްލުމެއްވެ ގައުމު ދަރާ ވިކުނީއެވެ. 

    ނަޝީދުގެ ވެރިކަންވެސް ވަކީން ސަހަލެއް ނޫނެވެ. ކުރުމުއްދަތެއްގެ ތެރޭގައި ކޮރަޕްޝަންގެ އެތައް ކަމެއް ފެންމަތިވިއެވެ. އެތައް ފަޅުރަށެއް ނުހަމަ ގޮތުގައި ބަހާލުމާއި ވުޒާރާތަކުގެ ތެރޭގައި ހިނގާދިޔަ ކޮރަޕްޝަން އެތައް މިލިޔަނުން ތުހުމަތު ކުރެވުނެވެ. ފްލޯޓިންގ ސިޓީއާއި އެއަރޕޯޓް ޑީލާއި އެއަޜ މޯލްޑިވސް މައްސަލަ ފައިލްކުރުމާއި އެފަދަ އެތައް ތުހުމަތެކެވެ. ބެލުނުކަމެއް ހޯދުނު ބައިސެންޓްވެސް ނެތި ދައްކާ ސިޔާސީ ވާހަކައަކަށް ވެގެން ނިމުނީއެވެ. 

    ޑރ. ވަހީދުގެ ބަގަވީ ސަރުކާރުގެ ކަންތައް ވަކިން ކުޑައެއް ނޫނެވެ. އެއަރޕޯޓް އެއްބަސްވުން ބާތިލުކޮށް 300 މިލިޔަންގެ ބަދަލެއް ގައުމަށް ދޭން ޖެއްސިއެވެ. އަނެއްކޮޅުން ބޯޑަރ ސެކިއުރިޓީ ހިޔާނާތެއް ފަޅާއެރިއެވެ. ވީކަމެއްވެ ބެލުނު މައްއސަލައެއް ނެތި ދައުލަތަށް ފައިސާފޮއްޗެއް އަނބުރާނުލިބި އެކަންވެސް ނިމުނީއެވެ. 

    ދެންއޮތީ ޔާމީނުވެރިކަމެވެ. ޖެހުނު ދިމާލަކުން ޖެހުނު އެއްޗެއް ކޭބަޔަކު ކައި ނިންމާލީއެވެ. ތިޖޫރި ހުރިތާ ވަޅުގަނޑުވެސް ނުހުންނަ ވަރަށެވެ. މަޝްހޫރު އެމްއެމްޕީއާރުސީ ބޮޑު ހިޔާނަތުގައި ދައުލަތަށް ގެއްލުނު ގެއްލުން ބިލިޔަނުން ގުނައެވެ. ނަސަންދުރައާއި ދަރުމަވަންތައާއި ބިރިޖާއި އެނުންވެސް އެތައް ޕްރޮޖެކްޓަކާއި ގުޅިފައިވާ ހިޔާނާތުގެ އަދަދެއް ސުމާރެއް ނެތެވެ. ކޭބަޔަކު ކައިފުރާލައިގެން އެތިބީއެވެ. ނަމެއްގައި މައްސަލަ ބަލައެވެ. ދައުލަތަށް ގެއްލުނު އެންމެ ބައިސެންޓްވެސް އަނބުރާ ނުހޯދެއެވެ. ރެކޯޑް މިންވަރަކަށް ގައުމު ދަވާލި ކަމަށް ތުހުމަތުކުރާ ޔާމީނާއި އަދީބަކީ ސާފު ބޯކިރު ފޮދެއްފަދަ ބައެއްގެ ގޮތުގައި އެތިބަ އުޅެނީއެވެ. 

    ސޯލިހު ވެރިކަމުގައިވެސް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވުނެވެ. ކޮވިޑް ތެރޭގައި މެޑިކަލް މާފިއާ ގޭންގްތަކެއް އުފެދި ބޮޑުވެ ކޮރަޕްޝަންގެ ކަންކަން މަތީ ދަރަޖައަކަށް ހިނގާ ބަޔަކަށް ތުހުމަތު ތަކެއް ކުރެވުނެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ހިންގި ތަރައްގީގެ ޕްރޮޖެކްތަކުގެ ތެރޭގައިވެސް ކޮރަޕްޝަން ހިނގާ ދިޔަކަމަށް ތުހުމަތު ކުރެއެވެ. އެހެނެއްކަމަކު އިންސާފުވެރި ތަހުގީގެއް ޝަރީއަތެއް ނުހިނގައެވެ.

    މުއިއްޒު ކުޜަވެރިކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. ތާރީހު ނުދެކޭހާ ހުތުރުކޮށް ފާޅުގައި ދައުލަތް ދަވާލަމުން މިތިބަ ދަނީ ގިޔާމަތް މަހުޝަރު ވެސް އަންނާނެކަން ގަބޫލު ނުކުރާ ދަރަޖައަށެވެ. ކިޔާފަ ނުކިޔާނެ ވަކިކަމެއް ލިޔެފައި ނުލިޔާނެ ވާހަކައެއް ނެތް ވަރަށް ކޮރަޕްޝަނާ ފަސާދަ މިވަނީ އާއްމުވެ ދިރިއުޅުމުގެ އެއްބަޔަށްވެ ނިމިފައެވެ. 

    ކޮންމެ ވެރިކަމެއްގައިވެސް ކޮރަޕްޝަނާ ފަސާދަ ހިންގުނު ވަރަކަށް ހިންގާ ޖެހުނު އެއްޗެއް ހޯދައިގެން އުޅޭތާކު ހުރިހާ ވަގުން މިނިވަންކަމާއެކު އުޅުމަކަށް އެއްވެސް ހުރަހެއްނެތެވެ. ކެރޭވަރަކަށް ކައިފުރާލައިގެން ދިޔުމަކުން އެޅޭފިޔަވަޅެއް ނެތް ގައުމެއްގައި ކުރާނީ ކުރާނެ ކަމެކެވެ. ވެރިކަންތަކުގައި ވެރިންގެ އިހުމާލުންނާއި ހިޔާނާތުން ގެއްލޭ އެންމެ ފައިސާ ފޮއްޗެއް ވެސް ހޯދަން ނޫލޭ ނުލިބޭ ގައުމެއް ދުނިޔޭގެ ތާކު ރާއްޖެ ނޫނީ ނުއޮންނާނެއެވެ. ވާނީ އެހެންތާއެވެ. މިއީ ދެން ކީއްކުރާނީ ރާއްޖެއެވެ. 

    ]]>
    Wed, 18 Mar 2026 17:55:43 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 28 https://heerasnews.com/3975 https://heerasnews.com/3975 ދުވަހުގެ ދުއާ:

    رَبِّ لا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ-الأنبياء 89

    އަޅުގެ ރައްބު! މި އަޅާއަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބައިލާހީ އެންމެ ހެޔޮގޮތުގައި ވާރުތަކުރައްވާ އިލާހެވެ.

    ދުވަހުގެ ނަސޭހަތް:

    އެމީހަކާއި ނުބެހޭ ކަންކަމުގައި މީސްމީހުންގެ މައްޗަށް ދޮގު ތުހުމަތު ނުކުރާށެވެ! އެމީހަކު ކަންބޮޑުވާން ޖެހޭނީ އެމީހަކާއި ގުޅުންހުރި ކަންކަމުގައެވެ. އެހެން މީހުންނަށް ދެއްވަވާ ތަނަވަސްކަމާއިމެދު ހަސަދަވެރި ނުވާށެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ތިބާ ބިނާކުރި އުސް ގަނޑުވަރުތައް ދޫކޮށް، އެކަނިވެރިކަމާއެކު ނުކުންނަންޖެހޭ ދުވަހެއް އަންނާނެއެވެ.

    ދުވަހުގެ ނަމާދު ވަގުތު: މާލެސިޓީ

    * އިރު އެރީ: 06:10

    ފަތިސް:    04:59 

    މެންދުރު:   12:18

    އަސްރު:    15:24

    މަގުރިބު:    18:20

    އިޝާ:     19:30

    ]]>
    Wed, 18 Mar 2026 16:01:51 +0500 މުއާޒު
    ބެނާތައް ނެގިޔަސް މާލޭ މީހުންގެ ހިތްތަކުން އާޒިމް ފުހެނުލެވޭނެ! https://heerasnews.com/3974 https://heerasnews.com/3974 ބާރު އޮތީތީ ކެންޕޭނު ޕޯސްޓަރުތަކާއި ބެނާތައް ނެގިދާނެއެވެ. ތުން ބެއްދި ދޫނިތަކުން މުޅި ސިޓީ ފުރާލެވިދާނެއެވެ. ދައުލަތުގެ މުދަލާއި ފައިސާއާއި މީހުން ބޭނުންކޮށްގެން ގުންފައިޖެހިދާނެއެވެ. އެހެނެއް ކަމަކު މީހުންގެ ހިތްތަކުން އާދަމް އާޒިމު ފުހެއެއް ނުލެވޭނެއެވެ.

    އާދަމް އާޒިމް ތާއީދު ހޯއްދަވަނީ އިހުލާސްތެރި ހިދުމަތުންނެވެ. ކާމިޔާބު މަސައްކަތުންނެވެ. ބަހައްޓަވާ ގާތްކަމާއި އުފައްދަވާ އިތުބާރުންނެވެ. 

    އާދަމް އާޒިމަކީ މާލެ ސިޓީ ރައްޔިތުން ކުރި ޓެސްޓުން ފާސްވެފައިވާ މޭޔަރެވެ. މާލޭ ރައްޔިތުންނާއި އެންމެ ގާތުން އެންމެ އިތުބާރާއެކު އެންމެ ކާމިޔާބު ނަތީޖާއެއް އެންމެ ކުރުމުއްދަތެއްގައި ހޯދާދީފައިވާ މޭޔަރެވެ. އާދަމް އާޒިމުގެ މޭޔަރު ކަމުގެ ދެއަހަރަކީ މާލެއަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައި ދެއަހަރެވެ.

    ސިޔާސީ ފިކުރު އުޑާބިމާހާއި ތަފާތު ކައުންސިލަރުންތަކަކާއި އެކު ފިއްތުންތަކާއި ދަތިކުރުންތަކާއި އެކުވެސް އާދަމް އާޒިމު ވަނީ ކާމިޔާބު ހޯއްދަވާފަައެވެ. ވަޒީފާގެ ވާޖިބު އަދާކުރުމުގައި ރެއާއި ދުވާލު ހުއްޓި ހުންނެވުމެއްނެތި ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވިހާ ކަންކަމުގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް އެކަންކަން ވަޒަން ކުރެވޭނެއެވެ. 

    ސިޔާސީ ގޮތުން ފިކުރު އެއްގޮތް މެޖޯރިޓީ ތާއީދު އޮތް ކައުންސިލަކާއެކު މޭޔަރު ކަމުގެ 5 އަހަރުގެ ދައުރެއް އާދަން އާޒިމަށް ދިނުމަށް މާލެސިޓި ރައްޔިތުން ތިބީ އިންތިހާ ދަރަޖައަށް ބޭނުންވެފައެވެ. ރައްޔިތުން އެދޭފަދަ ފަހިފެހި އަމާން ހިތްގައިމު މާލެއެއް ހޯދާދެވޭނީ އާދަމް އާޒިމާއި އޭނާގެ ޓީމަށެވެ. 

    ރައީސް ސޯލިހު ވިދާޅުވާހެން އެމްޑީޕީ މާލެސިޓީ ޓީމްގެ ކެޔޮޅަކީ ، ކައްޕިއަކީ ތަޖުރިބާހުރި ކުޅަދާނަ ބޭފުޅެކެވެ. އާދަމް އާޒިމަކީ ރައީސް ސޯލިހާއި މުޅި އެމްޑީޕީ އިންތިހާއަށް އިތުބާރުކުރައްވާ ބޭފުޅެކެވެ. ތުންބަދެފައިވާ ދޫންޏަކަށް މާލޭ މޭޔަރކަމެއް ނުކުރެވޭނެއެވެ. 

    ]]>
    Wed, 18 Mar 2026 11:38:52 +0500 މުއާޒު
    ޑރ.ޝަހީމަށް: ކާށީދޫކަނޑުން ތެޔޮހޮޅިތައް އަވަހަށް ނެރެދެއްވާ! https://heerasnews.com/3972 https://heerasnews.com/3972 ޑރ. ޝަހީމެވެ. ތެދުފުޅެކެ. ތިޔަ ބޭފުޅުން ތިޔަ ތިއްބެވީ ކުރީ ސަފުގައެވެ. ތިޔަށްވުރެ ކުރީސަފަކަށް ބަޔަކަށް ނޭރޭނެއެވެ. މުއިއްޒު ސަރުކާރުގެ އެންމެ ކުރީ ސަފުގައި ތިޔަ ހުންނެވި އެއްބޭފުޅަކީ ޑރ. ޝަހީމެވެ.

    ޝަހީމުމެން ކުރީ ސަފުގައި ތިއްބަވައިގެން ވާކަމެއް މިހާރު ވާނެއެވެ، އަރަބިން ކައިގެން ތިބިއްޔާ ދިވެހން ތިބޭނީ ކައިގެނެވެ. އަރަބި ކަރައިން ކަނދުރު އޮށެއްގެ މިންވަރުވެސް މި ބޮޑު ރޯދަ މަސް ހުސްވާއިރު އަރަބިން ދިއްކޮށްނުލިޔަސް ވަރިހަމަތާއެވެ.

    އިރާދަ ކުރައްވައިގެން ރާއްޖެ ބަޑަށްޖެހެން އެދޭ އެކަކުވެސް ނެތެވެ. ބަނަޑަށް ނުޖެހުނެއް ކަމަކު މިހާރު މިހުރެ އަންނަނީ ތެލަށް ޖެހެމުންނެވެ. ތެލުގެ އަގި ރޮކެޓް ދުވެލީގައި އަރަނީ މައްޗަށެވެ.

    ހޮރުމޫޒް ކަނޑުއޮޅި ހުރަސްކުރުން ބޮޑު ބިރަކަށްވެ ތެޔޮބޯޓުތަކަށް މިހާރު ދަތުރު ކުރެވޭ ވަރެއް ނޫނެވެ. އެހެންކަމުން މިދާ ގޮތަށް ދަންޏާ ތެލަށްޖެހި އެއްގަމާއި ކަނޑާއި ވައިގައި ދަތުރުފަތުރު ނުކުރެވޭ ހިސާބަށް ހިނގައިދާނެއެވެ.

    ތެޔޮ ނެތިގެން އިންޖީނުތައް ނުހިންގި ކަރަންޓް ނުލިބިގެން އުޅެން ވެސް ޖެހިދާނެއެވެ. ކަރަންޓާ ނުލާ ފެންފޮދު ވެސް ނުބޮވޭ މި ޒަމާނުގައި ތެލާ ނުލާ އުޅެވޭކަށް އޮތީއެއް ނޫނެވެ.

    އެކަމަކު ޑރ. ޝަހީމުމެން އިސްސަފުގައި ތިބިއްޔާ ދިވެހިން ހާސްވާކަށް ނުޖެހޭނެއެވެ. އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ވިޔަސް ޑރ. ޝަހީމުމެން ގެނެސްދޭނެއެވެ. ޑރ. ޝަހީމް އޭރު ވިދާޅުވި ގޮތަށް އަރަބި ތެޔޮ ހޮޅިތައް ކާށިދޫ ކަނޑުން ވިޔަސް ނެރެދިނުމުގެ ވަގުތު މިހާރު ޖެހިއްޖެއެވެ. ތެޔޮ އަގުބޮޑުނުކޮށް ކާށީދޫ ކަނޑުން އަރަބި ތެޔޮހިޅިތައް އަވަހަށް ނެރެދެއްވާށެވެ. 

    ]]>
    Tue, 17 Mar 2026 16:23:13 +0500 މުއާޒު
    ދައުރެއްގެ އުމުރު ކުރުކުރާ އިސްލާހު އުފެދުމުގައިވެސް ބާތިލު https://heerasnews.com/3970 https://heerasnews.com/3970 ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ފަސް އަހަރުދުވަހެވެ. ރައްޔިތުންގެ މަޖިލީހުގެ ވަކި ދައުރެއްގެ އުމުރު ކުރުކޮށްފާ މަޖިލީހުގެ އެހެން ދައުރު ކުރުމަކަށް ގާނޫނު އަސާސީ ޖާގައެއް ނުދެއެވެ. މަޖިލީހުން ފާސްކޮށްގެން ވެސް ވަކި ދައުރެއްގެ އުމުރު ކުރެވޭ ގޮތަކަށް ގާނޫނު ތަނެއް ނުދެއެވެ. 

    މަޖިލީސް މެންބަރުންގެ ގޮނޑިގެއްލޭނެ ސަބަބުތައް ވަރަށް ސާފުކޮށް ގާނޫނު އަސާސީގައި ބަޔާންވެފައިވެއެވެ. އެއިން ސަބަބެއް މެދުވެރިނުވެ ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ގޮނޑި ދައުރު ހަމަ ނުވަނީސް ގެއްލޭގޮތެއް ފަހުން ހަދާ ގާނޫނަކުން ނުހެދޭނެއެވެ. އެއީ ވަޒީފާ އަދާކުރުމާއި އިންތިހާބީ ހައްގަށް އަރައިގަތުމެކެވެ. 

    އެހެން ކަމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރުމުން ބާތިލުވެފައިވާ ބިލް ނަންބަރ 2/2026 އިން ގާނޫނު އަސާސީއަށް ގެންނަން އުޅުނު 8 ވަނަ އިސްލާހު އޭގެ ޒާތުގައިވެސް ބާތިލެވެ. ރައްޔިތުން ފަސް އަހަރަށް ހޮވާފާއޮތް ރައްޔިތުންގެ މަޖިލީހެއްގެ އުމުރު ކުރުކޮށް އަންނަން އޮތް އޮތް މަޖިލިސްތަކަށް 5 އަހަރުގެ ދައުރެއް ލިބޭގޮތަށް ގެންނަ އަދުލުވެރިކަމެއް ނެތް އިސްލާހަކީ އިސްލާހެއް ނޫނެވެ.  

    ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެންވެސް ކުރު ކުރެވޭނީ މުޅި މަޖިލީހުގެ ދައުރެވެ. އެއްދައުރެއްގެ މެންބަރުންނަށް ފަސްއަހަރު އަނެއް ދައުރެއްގެ މެންބަރުންނަށް 4 އަހަރު ބައި އަނެއް ދައުރެއްގެ މެންބަރުންނަށް 2 އަހަރުބައި އޮންނަ ގޮތަކަށް މަޖިލީހުގެ ދައުރު ކުރެއް ނުކުރެވޭނެއެވެ.

    ހިނގަ ހިނގާ އޮތް މަޖިލީހުގެ އުމުރު ކުރެވޭ ގޮތަކަށް އެފުރުސަތެއް ގާނޫނު އަސާސީ ނުދެއެވެ. ގާނޫނު އަސާސީ ބުނާގޮތުން ހިނގަ ހިނގާ އޮތްދައުރެއް އެއް އަހަރަށްވުރެ ދިގުނުވާ ގޮތަކަށް ދަމާލެވިދާނެއެވެ. އެގޮތަށް މަޖިލީހުގެ އުމުރު ފަސް އަހަރަށްވުރެ ދިގު ކުރެވޭނީވެސް ކުއްލި ނުރައްކަލުގެ ހާލަތަކާ ގުޅިގެންނެވެ. އެގޮތަށްވެސް ދައުރު ކުރު ކުރުމުގެ ފުރުސަތެއް ނެތެވެ.

    ގާނޫނު އަސާސީ އިސްލާހު ކޮށްގެންވެސް މަޖިލީހުގެ ދައުރު ކުރު ކުރެވޭނީ އެއް ހަމައަކުންނެވެ. އަދުލުވެރިކަން ގެއްލޭގޮތަށް ވަކިބަޔަކަށް ވަކިގޮތެއް ނުހެދޭނެއެވެ.

    ފަސް އަހަރަށް ރައްޔިތުން އިންތިހާބުކޮށްފައި ތިބި މެންބަރުންތަކެއް މެންބަރު ކަމުގެ ދައުރު ކުރު ކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ފަހުން ހަދާ ގާނޫނަކުން ކުރިން ލިބިފައި އޮތް ގާނޫނީ ހައްގެއް ނިގުޅައެއް ނުގަނެވޭނެއެވެ. މެންބަރުކަން ގެއްލޭނެ ކަމަށް ބަޔާންވެފައިވާ ސަބަބެއް ދިމާނުވެ އެއްވެސް މެންބަރެއްގެ ގޮނޑި ހިނދުކޮޅަކަށްވެސް ގެއްލިގެން ނުވާނެއެވެ. 

    ]]>
    Tue, 17 Mar 2026 14:21:05 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 26 https://heerasnews.com/3969 https://heerasnews.com/3969 ދުވަހުގެ ދުއާ:

    رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ- القصص21

    އަޅުގެ ރައްބު! އަނިޔާވެރިވީ މީހުންގެ ކިބައިން މި އަޅާ ސަލާމަތްކުރައްވާދޭނވެ!

    ދުވަހުގެ ނަސޭހަތް:

    ފަހެ، މާތްރަސްކަލާނގެ އެއުރެންނަށް ( އިންސާނާއަށް) އަނިޔާކުރައްވާ ކަމުގައެއް ނުވެތެވެ. އެހެނެއްކަމަކު، އިންސާނާ އެއުރެންގެ އަމިއްލަ ނަފްސަށް އަނިޔާކުރާ ކަމުގައި ވިއެވެ. ތިމާމެންގެ އަމިއްލަ ނަފްސްތަކަށް އަނިޔާވެރި ނުވާށެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ހަގީގީ ލޯބީގައި ވޭނެއް ތުރާލެއް ހާސްކަމެއް ނުތަނަވަސް ކަމެއް ނުވެއެވެ.

    ދުވަހުގެ ނަމާދު ވަގުތު: މާލެސިޓީ

    * އިރު އެރީ: 06:11

    ފަތިސް:   05:00 

    މެންދުރު:   12:19

    އަސްރު:    15:26

    މަގުރިބު:    18:19

    އިޝާ:      19:31

    ]]>
    Mon, 16 Mar 2026 15:24:10 +0500 މުއާޒު
    އިންތިހާބު އެއްކުރަން ޝިހާބުގެ ތާއީދު ހޯދަން އޭދަފުއްޓަށް ދިން ދޯކާ! https://heerasnews.com/3968 https://heerasnews.com/3968 ބ. މާއްޑޫއަކީ ބަގީޗާގޭ ބޭފުޅުންގެ އާއިލީ ތަރިކަ މުދާގަނޑަކީ ތާއެވެ. ރަދުންގެ ޒަމާނުއްސުރެ މާއްޑޫ އޮތީ ބަގީޗާގެ އިބްރާހީމް ޝިހާބަށް ވަރުވާއަށް ލިޔެދީފައެވެ. އިބްރާހީމް ޝީހާބު އަވަހާރަވުމުން މާއްޑޫ ނަގުލުވީ އެބޭފުޅާގެ ހުވަފަތް އަނބިކަބަލުންނަށެވެ. އެގޮތުގައި ދުވަސް ކޮޅަކު މާއްޑޫ އޮތުމަށް ފަހު މާއްޑޫ ވެގެން ދިޔައީ އޭދަފުށީ ރައްޔިތުންގެ ރަށަކަށެވެ. އޭދަފުށީގައި ވަލުރުއްގަސް ނެތުމުން އޭދަފުށީ ރައްޔިތުންނަށް ކާއްޓާއި ދަރާއި ފަން ހޯދަން އޮތް ރަށަކަށް މާއްޑޫ ހާއްސަވިއެވެ. 

    ރާއްޖޭގެ ބޮޑެތި ފަޅުރަށްތައް މާލޭ " ބޭފުޅުންނަށް " ވަރުވާއަށް ލިޔެދީ އުޅުނީ ރަދުންގެ ޒަމާނުގައެވެ. ފަޅުރަށް ބޭފުޅުނަށް ލިޔެދިނުމުގެ އާދަ މައުމޫނުވެރިކަމުގެ ފަހުކޮޅު ވަނީ ނިމުމަކަށް އައިސްފައެވެ. އާއްމު މަސްލަހަތަށްޓަކައި ބައިބޯ ވަލުރުއްގަސް މަދު ބައެއް ރަށްރަށުގެ ރައްޔިތުންނަށް ރަށާއި ކައިރީގައި އޮންނަ ބައެއް ފަޅުރަށް ވަރުވާއަށް ލިޔެދީފައި ކުރިންވެސް ހުރެއެވެ.

    ލާމަރުކަޒީ ގާނޫނު ތައާރަފްވެ މީހުން އުޅޭ ރަށްރަށުގެ އިހުތިސޯސް ހުންނަ ފަޅު ރަށްރަށް ބައެއް ރަށްރަށަށް ސަރުކާރުން ދެމުން ދެއެވެ. އެގޮތުން ބ. މާއްޑުއަކީ ވެސް އޭދަފުށިގެ ބައެއް ކަމަށް ރައީސް މުއިއްޒު ނިންމާފައިވާ ރަށެކެވެ. މާއްޑޫއަކީ ތޮއްޖެހިފައިވާ އޭދަފުށީ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހާއްސަ ކުރެވުނު ރަށެއް ކަމަށް ކަނޑައަޅާ މާއްޑޫގައި އޭދަފުށީ ރައްޔިތުންނަށް ހާއްސަ ފްލެޓް ސްކީމެއް ހިންގަން މުއިއްޒު ކަނޑައެޅިއެވެ.

    އެހެނެއް ކަމަކު ރައީސް މުއިއްޒަށް އޭދަފުށީ ރައްޔިތުންނަށް ވުރެ ބަގީޗާގޭ މުހައްމަދު ޝީހާބު މިހާރު މުހިންމު ވެއްޖެއެވެ. ރިޔާސީ އިންތިހާބުގައި މުއިއްޒަށް އެންމެ ގިނަ ވޯޓުދިން އެއްރަށް ކަމަށްވާ އޭދަފުށީ ރައްޔިތުންނަށް ވުރެ ދެއިންތިހާބު އެއްކުރުމަށް ތާއީދު ކުރުމުން މ. ފަންނު ބަގީޗާގޭ މުހައްމަދު ޝިހާބު މުއިއްޒަށް މާ މުހިންމުވީއެވެ.

    ގާނޫނީ ގޮތުން އޭދަފުށީގެ ބައެއް ގާސިމުގެ އޯޑަރަށް ގާނޫނާ ހިލާފަށް މުއިއްޒު މުހައްމަދު ޝިހާބަށް ދީނިންމާލީއެވެ. އޭދަފުށީގެ ހިޔާވަހި ކަމުގެ ހައްލުކަމަށް މުއިއްޒު ހަދައިގެން އުޅުނު ބ. މާއްޑޫ އޭދަފުށީ ރައްޔިތުން އަތުން އަތުލާ އޭދަފުށީ ރައްޔިތުންނަށްވެސް މުއިއްޒު އެދިނީ ދޯކާއެވެ. 

    ]]>
    Mon, 16 Mar 2026 14:26:18 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 25 https://heerasnews.com/3967 https://heerasnews.com/3967 ދުވަހުގެ ދުއާ:

    قُلِ اللَّهُمَّ فَاطِرَ السَّمَاوَاتِ وَالأَرْضِ عَالِمَ الْغَيْبِ وَالشَّهَادَةِ أَنتَ تَحْكُمُ بَيْنَ عِبَادِكَ فِي مَا كَانُوا فِيهِ يَخْتَلِفُونَ – الزمر 46

    ކަލޭގެފާނު ވިދާޅުވާށެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްވެދިޔަ މިސާލަކާނުލައި އުޑުތަކާއި، ބިންތައް ހެއްދެވި ރަސްކަލާކޮ! ނުފެންނަ ކަންތަކާއި، ފެންނަކަންތައް ދެނެވޮޑިގެންވާ ރަސްކަލާކޮ! އިބައިލާހުގެ އަޅުތަކުންގެ މެދުގައި، އެއުރެން ހިލާފުވެގެންއުޅުނު ކަންތަކުގެ މައްޗަށް ނިޔާކުރައްވާނީ އިބައިލާހެވެ.

    ދުވަހުގެ ނަސޭހަތް:

    އިސްލާމް ދީނުގެ ނަމުގައި އެއްބަޔަކު އަނެއް ބަޔަކު ކާފިރުކޮށް ހެދުމާއި މަޒްހަބީ ހިލާފްތަކާއި ވަކިވަކި އިމާމުންނަށް ތަބާވުމަކީ އިސްލާމް ދީނުގައި އޮތްކަމެއް ނޫނެވެ. ހުރިހާ ޒަމާނަކާ ހުރިހާ މަކާނަކަށް ބާވާލެއްވުނު އިސްލާމީ އުންމަތުގެ އިމާމަކީ މުހައްމަދު ނަބީ ކަލޭގެފާނެވެ. 

    ދުވަހުގެ ހިކުމަތުގެ ބަސް:

    ކޮންމެ ދިރުމަކަށްމެ އެދިރުމަކަށް އޮތް މިންވަރު ނުލިބިއެއް ނުދާނެއެވެ. 

    ދުވަހުގެ ނަމާދު ވަގުތު: މާލެސިޓީ

    * އިރު އެރީ: 06:11

    ފަތިސް:   05:00 

    މެންދުރު:   12:19

    އަސްރު:    15:27

    މަގުރިބު:    18:20

    އިޝާ:      19:31

    ]]>
    Sun, 15 Mar 2026 17:52:49 +0500 މުއާޒު
    ދެ އިންތިހާބު އެއްކުރުމުން މުއިއްޒު ނޫންގޮތެއް ނުހޯދޭނެ https://heerasnews.com/3966 https://heerasnews.com/3966 ވެރިކަމާ ހަވާލުވީ ދުވަހުއްސުރެ ރައީސް މުއިއްޒުގެ މަގުބޫލުކަން ރައްޔިތުންގެ ތެރޭގައި ވަނީ އިންތިހާއަށް ދަށްވެފައެވެ. ދޮގާޢި ރިޝްވަތާއި ހިޔާނާތާއި އިސްރާފާއި މަވެތިކަން ވެރިއެއްގެ ކިބައިން ފެންނާނެ އެންމެ މަތީ ދަރަޖައަށް ރައީސް މުއިއްޒުގެ ކިބައިން ރައްޔިތުން ދެކެފިއެވެ.

    ކޮންޓްރެކް އުސޫލުން ފައިސާ ލިބޭގޮތަށް އަނބިކަބަލުންނަށް ހައްގުނޫން ނޯޕޭ ލީވެއް ގާނޫނާއި ހިލާފަށް ދިނުމުން ފެށިގެން ދެއިންތިހާބު އެއްކުރުމާ ހަމައަށް މުއިއްޒު ކިބައިން ފެންނަނީ މަގާމުގެ ނާޖާއޒު ފައިދާ ނަގާތަނެވެ. 

    ބަޖެޓް ނެތި ދައުލަތް ލޫޓުވާލުމުގެ ވަސީލަތަކަށް ރަސްމާލެ ހިއްކުން ހެދިއެވެ. ރައްޔިތުންގެ މަޖިލީހުން އިދިކޮޅު މެންބަރުންތަކެއް ގަނެލިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޕާޓީ މެންބަރުންނަށް ކޮންމެ މަހަކު 50000 ރުފިޔާ ދިނެވެ. އެންސްޕާ ދަވާލައިގެން ޓީވީ ޗެނަލެއް އުފެއްދިއެވެ. ފޭކް ޕްރިންސް ފިނޭންސް ސެންޓަރާއި ތިނަދޫ ފްލޯޓިންގ ޓާމިނަލް އެއަރޕޯޓާއި ވިލިގިލި އެއަރޕޯޓާއި އައްޑޫ ބުރިޖާއި އައްޑޫ ކަރަންޓް ވިއުގައާއި ޑިވްލޮޕްމަންޓް ބޭންކާއި މިހުރީ ހައްތަހާވެސް މަނީ ލޯންޑް ކުރުމަށް ބޭނުން ކުރިހާ ވަސީލަތެވެ.

    ރަސްމާލެ އަންޑަރ ވޯޓަރ ޓަލާއި ފުނަދޫ ބިޒްނަސް ސެންޓަރާއި މޮނޯ ރޭލާއި މާލެކައިރި ސޯލަރ ސިޓީއާއި ގްރޭޓާރ އައްޑޫ ތަސައްވުރާއި މިހުރީ ހައްތަހާވެސް ހީލަތްތެރި ކަމާއެކު އިންތިހާބީ ހުވަފެނެވެ. އެތައް މިލިޔަން ޑޮލަރެއްގެ ދަރަނި އިތުރު ކުރަމުން އިސްރާފް ކުރުމާ ބައިބޮޑުކުރަން ދައުލަތުން މުސާރަ ދޭމީހުންގެ ހައްދެއްނެތެވެ. 

    ފަޒްލުމެން ކަހަލަ ގާތް މިތުރުން ލައްވާ ދައުލަތް ދަވާލައި ކޮރަޕްޝަނާއި ފަސާދައާއި މަނީ ލޯންޑަރ ކުރާތަނަކަށް ސަރުކާރު ހަދާ ނިމިއްޖެއެވެ. ފާޅުގައި ޕާޓީތަކުން މެންބަރުން ވަގަށްނަގާ ޕާޓީ ބޮޑުކޮށް ޕީއެންސީއަށް ދައިލަތް ބަންޑުން ޖަހާލައިފިއެވެ. ރައްޔިތުންގެ މަޖިލީސް މެންބަރުންގެ ކަރުގައި ވާޖަހާ ސިޔާސީ ގޮތުން ބްލެކް މޭލުކޮށް ފަނޑިޔާރުގެ ރޫޅާލީއެވެ.

    އެންމެ ފަހުން ފަސޭހަކަމާއެކު ރިޔާސީ ދައުރު ހޯދުމަށް ދެއިންތިހާބު އެކުގައި ބޭއްވުމަށް ނިންމަނީއެވެ. ދެއިންތިހާބު އެއްކޮށްލުމުން  މަގާމުގައި ހުންނަ ރައީސް ނޫން މީހަކަށް ވެރިކަމަށް އާދެވޭނެ ގޮތެއް އަދި އެހެން ބަޔަކަށް މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ގޮތެއް ނުއޮންނާނެއެވެ. މަގާމުގައި ހުރެ މުއިއްޒަށް ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުން ގޮތަކަށް ތަޅާލަން ފުރުސަތު އޮތުމުން އެއްދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމުން މުއިއްޒު ނޫން ގޮތެއް ހޯދުމަކީ ރާއްޔިތުންނަށް ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ. އިދިކޮޅުން އެއް ކެންޑިޑޭޓް ކޮންމެ ދާއިރާއަކަށް ނެރުނަސް ސަރުކާރުގެ ކެންޑިޑޭޓުން ބަލިކުރުމަކީ ވެސް ވާނެކަމެއް ނޫނެވެ. ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނަންޖެހެނީ އެހެން ވެގެންނެވެ

    ]]>
    Sun, 15 Mar 2026 16:35:43 +0500 މުއާޒު
    ހިނި ބޭރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި https://heerasnews.com/3965 https://heerasnews.com/3965 ކެންޔާގެ ނައިރޯބީގައި 2,200 އަށްވުރެ ގިނަ ދިރިހުރި ހިނި ގަވާއިދާ ހިލާފަށް އެގައުމުން ބޭރުކުރަން އުޅުނު ޗައިނާގެ ރައްޔިތަކު ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފިއެވެ. އުމުރުން 27 އަހަރުގެ ޒަންގް ކެކުން ހައްޔަރުކޮށްފައިވަނީ ޖޯމޯ ކެންޔާޓާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅެނިކޮށެވެ.

    ތަހުގީގު ކުރާ ފަރާތްތަކުން ބުނި ގޮތުގައި، އޭނާގެ ފޮށިތަކުގެ ތެރެއިން ޖުމްލަ 2,238 ހިނި ފެނިފައިވެއެވެ. މީގެ ތެރެއިން 1,948 ހިނި ހުރީ ޓެސްޓް ޓިއުބުތަކަށް އަޅާ ރައްކާކޮށްފައެވެ. އަދި ބާކީ ހުރި ހިނިތައް ހުރީ ޓިޝޫ ކަރުދާހަށް އޮޅާފައެވެ. ކެންޔާގައި ދެ ހަފްތާއެއްހާ ދުވަހު މަޑުކުރި ޒަންގް ބުނި ގޮތުގައި، މި ހިނިތައް ހޯދުމުގައި އިތުރު ތިން މީހަކު އޭނާއަށް އެހީތެރިވެފައިވެއެވެ.

    ކެންޔާ ވައިލްޑްލައިފް ސާވިސްއިން މައުލޫމާތު ދޭ ގޮތުގައި، މި ހިނިތަކަކީ އާންމުކޮށް މިފަދަ ސޫފިތައް އެއްކޮށްގެން ގެންގުޅޭ މީހުންނަށް ވިއްކުމަށް ގެންދަން އުޅުނު އެއްޗިއްސެވެ. މިފަދަ މީހުން ހިނި ގެންގުޅެނީ 'ފޯމިކޭރިއަމް' ކިޔާ ބިއްލޫރި ފޮށިތަކަށް އަޅައިގެން، އޭގެ އިޖުތިމާއީ އުޅުމާއި ދިރިއުޅުމުގެ ވައްޓަފާޅި ބަލައި ދިރާސާ ކުރުމަށެވެ.

    ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މި ހާދިސާއިން ހާމަވަނީ 'ބަޔޯޕައިރަސީ' ނުވަތަ ދިރުންތަކުގެ ވަގުފާރި މިހާރު އިތުރުވަމުންދާ މިންވަރެވެ. މިފަދަ ވަގުފާރި ކުރާ މީހުން މިހާރު އަމާޒު ހިފަނީ އެތުދަތް ފަދަ މަޝްހޫރު ތަކެތީގެ ބަދަލުގައި، އާންމުކޮށް މީހުންގެ ސަމާލުކަން ކުޑަ މިފަދަ ކުދި ދިރުންތަކަށެވެ. މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާއިރު، ދާދި ފަހުން ބެންކޮކުން ވެސް ވަނީ ކެންޔާއިން ފޮނުވި މިފަދަ ހިނިތަކެއް އަތުލައިގަނެފައެވެ.

    ]]>
    Sun, 15 Mar 2026 10:15:45 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 24 https://heerasnews.com/3964 https://heerasnews.com/3964 ދުވަހުގެ ދުއާ:

    رَبِّ إِنِّي لِمَا أَنْزَلْتَ إِلَيَّ مِنْ خَيْرٍ فَقِيرٌ–القصص24

    އަޅުގެ ރައްބު! އިބައިލާހު މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.

    ދުވަހުގެ ނަސޭހަތް:

    ހަޔާތަކީ ކުލީ ކޮޓަރިއެއް ފަދަ ތަނަކެވެ. ކޮންމެވެސް ދުވަހަކުން ކުލީ ކޮޓަރިން ނިކުމެގެން ދާ ފަދައިން ކޮންމެވެސް ދުވަހަކުން ހަޔާތާ ވަކިވެގެން ވެސް ދާންޖެހޭނެއެވެ. ހަޔާތުގައި ދާއިމީ އެއްވެސް ކަމެއް ނުވެއެވެ. 

    ދުވަހުގެ ހިކުމަތުގެ ބަސް:

    ދުނިޔެއަކީ ވަގުތީ ފާލަމެކެވެ.

    ދުވަހުގެ ނަމާދު ވަގުތު: މާލެސިޓީ

    * އިރު އެރީ: 06:11

    ފަތިސް:   05:00 

    މެންދުރު:   12:19

    އަސްރު:    15:27

    މަގުރިބު:    18:20

    އިޝާ:      19:31

    ]]>
    Sat, 14 Mar 2026 17:07:19 +0500 މުއާޒު
    ދެ އިންތިހާބު އެއްކުރަނީ 200 ބިލިޔަން ލޫޓުވާލަން https://heerasnews.com/3963 https://heerasnews.com/3963 ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާއި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުން ނުވަތަ ދެއިންތިހާބު އެއްކުރުމަކީ 200 ބިލިޔަން ލޫޓުވާލަން ޖަހާ މަޅިއެކެވެ. އެ މަޅީ އައިސް ބެދޭނީ ރައްޔިތުންގެ ކަރުގައެވެ. ފިކުރެއް ހިޔާލެއްނެތި ފެންނަ ނުފެންނަ ވޯޓުގައި އާނއެކޭ ބުނާ ހިސާބުން ދައުވަތު އެދެވެނީ ދައުލަތުގެ 200 ބިލިޔަން ލޫޓުވާ ލުމަށެވެ. 

    ރާއްޖެއަކީ އާމްދަނީގެ ގޮތުގައި އަހަރަކު 40 ބިލިޔަން ލިބޭ ތަނަވަސް ގައުމެކެވެ. އެންމެ ނަގާލާފައިވެސް ރާއްޖެއަށް 5 އަހަރުން 200 ބިލިޔަނުގެ އާމަދަނީއެއް ލިބެއެވެ. އެހުރިހާ ފައިސާއަށް ފަސް އަހަރު ވަންދެން ބަޔަކު ހަދާނެ އެއްޗެއް ހަދަން ދެވޭ ފުރުސަތަކަށް ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ ނުބުނުން ވެގެން ދާނެއެވެ.

    އެހެނީ ދެއިންތިހާބު އެކުގައި ބޭއްވުމުން މަގާމުގައި ހުންނަ ރައީސް ނޫން މީހަކަށް ވެރިކަމަށް އާދެވޭނެ ގޮތެއް އަދި މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ގޮތެއް ނުއޮންނާނެއެވެ. އޭރުން ފަސް އަހަރު ވަންދެން ދައުލަތުގެ މުދަލާ ފައިސާއަށް ރައީސް ހަދާނީ ހަދާނެ އެއްޗެކެވެ. ރައްޔިތުން ތިބެން ޖެހޭނީ ފަސް އަހަރު ފަހުން އޮންނަ އިންތިހާބު އަންނަންދެން ބަސްހުއްޓިފައެވެ.

    މަޖިލީހަށް ކުރިމަތިލާ 93 މެންބަރުންނާއި އެކު 94 ރަނިން މޭޓުން ގޮވައިގެން ވާދަކޮށް މަގާމަށް ހޮވޭ ރައިސުލްޖުމްހޫރިއްޔާ 5 އަހަރު ތެރޭގައި ޖަވާބުދާރީކޮށް ޒިންމާދާރު ކުރެވޭނެ އެއްވެސް އެގޮތެއް އޭރަކުން ނުއޮންނާނެއެވެ. މަގާމުގައި ހުންނަ ރައީސުލްޖުމްހޫރިއްޔާ ނޫން މީހަކަށް ރައީސްކަމަށް އާދެވޭނެ އެއްވެސް ގޮތެއް އޭރަކުން ނުއޮންނާނެއެވެ. 

    މަގާމުގައި ހުންނަ ރައީސަށް ފަސޭހަ ކަމާއެކު ދެވަނަ ދައުރު ހޯދޭނެއެވެ. ދައުލަތުގެ ފައިސާ ތަޅާލައިގެން މަޖިލީހާއި ގައުމުގެ ވެރިކަން ހޯދުން މަގާމުގައި ހުންނަ ރައީސަށް ދެ އިންތިހާބު އެއްކޮށްލުމުން ފަސޭހަވާނެއެވެ. އެއްދުވަހެއްގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އޮތުމުން މަގާމުގައި ހުރި ރައީސް ނޫން ގޮތެއް ހޯދުމަކީ ރާއްޔިތުންނަށް ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ. 

    އޭރުން މަޖިލިސް އިންތިހާބުގައި އެކި ވިސްނުމުގެ މީހުންނަށް ވާދަކުރުމުގެ ޖާގަ ހަނިވެ ސަރުކާރު ކެންޑިޑޭޓް ބަލިކުރަން އުދަގޫވާނެއެވެ. ސަރުކާރު ކެންޑިޑޭޓް ބަލިކުރަންޏާ ކޮންމެ ދާއިރާއަކުން އިދިކޮޅު އެކަކު ނެރުން ނޫން ގޮތެއް އޭރަކުން ނުއޮންނާނެއެވެ. އިދިކޮޅު އެއް ކެންޑިޑޭޓް ނެރުނަސް ސަރުކާރުގެ ކެންޑިޑޭޓުން ބަލިކުރުމަކީ ވޭންދެނިވި ކަމަކަށް ވާނެއެވެ. ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް ނޫނެކޭ ބުނަންޖެހެނީ އެހެން ވެގެންނެވެ.

    ]]>
    Sat, 14 Mar 2026 16:28:33 +0500 މުއާޒު
    ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖޭގައި ރައްކާތެރިކަމެއްނެތް! https://heerasnews.com/3962 https://heerasnews.com/3962 ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބުރާހީމް (ކުޑޫ) ވިދާޅުވެއެވެ. އާދައިގެ މަސައްކަތް ކުރަން މާލެ އާއި އެހެން ރަށްރަށުގައި އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު އެނގޭ ކަމަށް ވަނީ ހިތާމަވެރި ހާދިސާއެއް ހިނގީމާ ކަމަށް ކުޑޫ ވިދާޅުވެއެވެ. 

    ވަރަށް ބޮޑު ތެދެކެވެ. ބިދޭސީ މަސައްކަތްތެރިންގެ ރައްކާތެރިކަމަށް އެއްވެސް މިންވަރެއްގެ އިސްކަމެއް ރާއްޖޭގައި ނުދެވެއެވެ. ބިދޭސީން ދިރިއުޅޭ ތަންތަނުގައި ހިތާމަވެރި ހާދިސާތައް ހިނގަނީ މަދެއްކޮށް ނޫނެވެ.

    ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ނިދުމަށް ބޭނުންކުރި ތަނެއް އަދާހުލިވެ އެތައް ބަޔަކު މަރުވި ހާދިސާއެއް މާލޭގައި ހިނގިފަހުން އަދި މާގިނަ ދުވަހެއް ނުވެއެވެ. މިހާރަކު އެކަން ހަނދާންހުރި ވެރިއެއް މުއައްސަސާއެއް ރައްޔިތެއް ހުރިހެނެއް ހިޔެއްނުވެއެވެ. އެހާދިސާއާއި ގުޅިގެން ފިސާރި ބާރަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާ ވާހަކަ ދެކެވުނެވެ. އެހެނެއް ކަމަކު ބިދޭސީ މަސައްކަތްތެރިން އުޅޭ ތަންތަނުގެ ހާލަތު ރަނގަޅެއް ނުވިއެވެ. އެއްދުވަހުން އަނެއް ދުވަހަށް ވަނީ ގޯހެވެ. 

    ކޮވިޑްގެ ތެރޭގައި ވެސް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތަންތަނުގެ ހާލަތު ދެނެގަތެވެ. ހައްލުތަކެއް ހޯދުމުގެ ވާހަކަ ދެކެވުނެވެ. އެކަށީގެންވާ ނަތީޖާއެއް ނުލިބި ކުރިން އޮތްބަޅަށް ކަންކަން އަނެއްކާވެސް ފެތިގެން ދިޔައީއެވެ. އިހުނަށްވުރެ އެންމެ ކަމެއްވެސް ރަނގަޅުނުވެ ކަންކަން ދިޔައީ ގޯހުން ގޯހަށެވެ.

    ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ ހޯދުމުގެ ނަމުގައި ދާދިފަހުން ވެސް ހަރަކާތެއް ހިންގިއެވެ. ސިއްހީ މިންގަނޑަށް ނުފެތޭ ގޮތަށް ކާބޯތަކެތި ތައްޔާރުކުރުމާއި އިންސާނުން ދިރިއުޅެން ކަމުނުދާވަރުގެ ފެންވަރުގައި ހުރި އެތައް ތަނެއް ފާހަގަކުރެވުނު ކަމަށްވިއެވެ. އެހެނެއް ކަމަކު ފާހަގަ ކުރެވޭ ވަރުގެ ހެޔޮ ބަދަލެއް އައިތަނެއް ނުފެނުނެވެ. 

    ފެންނަނީ ފުލުފުލުގައި ހިތާމަވެރި ހާދިސާ ހިނގާތަނެވެ. ބިދޭސީ މަސައްކަތު މީހުންނާ ގުޅޭ ކޮންމެވެސް ހިތާމަވެރި ހާދިސާއެއް ނުހިނގާ މަހެއް ދާނީ ހާލަކުންނެވެ. އިއްޔެރޭ ދިގުރަށުގައި ވެސް ބިދޭސީ މަސައްކަތްތެރިން ނިދާތަނެއް އަނދާ ހުލިވެ ފަސްމީހަކު މަރުވީއެވެ. ބިދޭސީ މަސައްކަތްތެރިން އުޅޭތަނެއްގައި ރޯވެ އަނދާ ހުލިވެ މަދު ބަޔަކު މަރުވިޔަސް އެއްޔަކީ މާ ބޮޑު ކަމަކަށް މިހާރަކު ނުވެއެވެ.

    ވާނީވެސް އެހެންތާއެވެ. ބައެއް ދިވެހީން ބިދޭސީ މަސައްކަތް ތެރީންނާމެދު އިންސާނުންގެ ދަރަޖައިން ނުދެކޭ ކަމަށް ބުނުމަކީވެސް ގޯހަކަށް ނުވާނެއެވެ. ބިދޭސީ މަސަކަތު މީހުން ދިރިއުޅޭ ތަންތަނަކީ ބަކަރި ކޮށި، ކުކުޅުކޮށި ފަދަ ކޮށީގެ ގޮތުގައި ދެކެންޏާ އެހެން ނުވެއެއް ނުދާނެއެވެ.

    މުސާރަ ނުދިނުމާއި ޖެހުނު ގޮތަކަށް ކައިބޮއި ނިދާއުޅެން ދޫވެފައި އޮންނަ އޮތުމުގެ ސަބަބުން ސިއްހީ ގޮތުންނާއި ދިރިއުޅޭ ތަނުގެ ރައްކާތެރިކަން ވަނީ ގެއްލިފައެވެ. އެހެން ނަމަވެސް ވަރިހަމަތާއެވެ. އަނެއްކާވެސް ތެޅެގަންނާނީ ހިތާމަވެރި ހާދިސާއެއް ހިގާ އެތައް ބަޔަކު މަރުވެ ބައިނަލް އަގުވާމީ ބޮޑު ހަބަރަކަށް އެކަމެއް ވީމައެވެ.   

    ]]>
    Sat, 14 Mar 2026 15:18:49 +0500 މުއާޒު
    ޕީއެސްއެމް ކައިރީގައި މުޒާހަރާ ކުރުމަށް ގޮވާލެވެނީ https://heerasnews.com/3961 https://heerasnews.com/3961 ރައްޔުތުންގެ ފެންނަ ނުފެންނަ ވޯޓަކަށްދާއރު ރައްޔިތުން އެކަމަށް ލޯހުޅުވަންޖެހެއެވެ. ކަމަކީ ދައުލަތުގެ ޒިންމާއެކެވެ ފެންނަ ނުފެންނަ ވޯޓްގައި އާނއެކޭ ބުނުމަށް ބާރުއަޅާ ދައުލަތުގެ މީޑިއާއިން  ހުއްޓާނުލާ ގޮތްގޮތަށް މައުލޫމާތު އެބަފަތުރައެވެ.

    އާނެެކޭ ބުނުމަށް ބާރުއަޅާ ތަފާތު ޕްރޮގްރާމއތައް ޕީއެސްއެމުން ގެނެސްދެހެން ނޫނެކޭ ބުނަޖެހޭ ސަބަބިތައްވެސް ޕީއެސްއެމުން ހަމަހަމަ ކަމާއެކު ގެނެސް ދޭންޖެހެއެވެ. ނަމަވެސް ނޫނެކޭ ބުނަން ތާއީދު ކުރާ މީހުންގެ އަޑު ޕީއެސްއެމުން ވަނީ ކަނޑުވާލަފައެވެ.

    ފެންނަ ނުފެންނަ ވޯޓްގައި ނޫނެކޭ ބުނާ އަޑު‬  ޕީއެސްއެމުން އިއްވާ ނުދެނީ ރައީސް މުޢިއްޒުގެ ރުހުން ހޯދުމުގެ މަގްސަދުގައި ޕީއެސްއެމްގެ ވެރިޔާ އަހުމަދު ޝަކީބު އަންގައިގެން ކަމަށް އިތުބާރުހުރި މަސްދަރުތަކަކުން ބުނެއެވެ. 

    އެހެންކަމުން ދައުލަތު މީޑިއާ އަކީ ޝަކީއްބެގެ ހަރު މުދަލެއް ނޫނެވެ.  ޕީއެސްއެމް ހިންގަނީ ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. މުއިއްޒު‬ ނުވަތަ ޝަކީބުގެ ތަރިކަ މުދަލަކުން ނޫނެވެ. ނޫނެކޭ ބުނާ މީހުން ދައުލަތުގެ ޓީވީއަށް ނާރުވާ ނަމަ ޕީއެމްއެމް ކައިރީ މުޒާހަރާކުރަން ޖެހޭކަމަށް ގިނަ ބަޔަކު ދެކެއެވެ. 

    ފެންނަ ނުފެންނަ ވޯޓްގެ ކުރިން ފެންނަ ކަމަށް އަދި ނުފެންނަ ކަމަށް ދެކޭ މީހުންގެ ހިޔާލު ގެނެސްދޭން ވާނެއެވެ  އެއީ ދައުލަތުގެ މީޑިއާގެ ޒިންމާއެކެވެ. ރައީސް މުއިއްޒުގެ މި އަމަލުން އެކަނިވެސް ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒުގެ ނިޔަތް ރަގަޅު ނޫންކަން ސާބިތުވެއެވެ.

    ]]>
    Fri, 13 Mar 2026 14:10:23 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 23 https://heerasnews.com/3960 https://heerasnews.com/3960 ދުވަހުގެ ދުއާ:

    رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ إِنَّهُ هُوَ الْغَفُورُ الرَّحِيمُ–القصص16

    އަޅުގެ ރައްބު! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާވެރިވެއްޖައީމެވެ. ފަހެ، މިއަޅާޔަށް އިބައިލާހު ފާފަފުއްސަވާނދޭވެ! ދެން އެއިލާހު، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެއިލާހީ، ގިނަގިނައިން ފާފަފުއްސަވާ، އޯގާވަންތަ އިލާހެވެ.

    ދުވަހުގެ ނަސޭހަތް:

    މުސްލިމުންގެ މަގަކީ ދުނިޔެއާއި އާހިރަތް ހޯދުމެވެ. ހަމަ އެކަނި ދުނިޔެ ހޯދުމެއް އަދި އާހިރަތް ހޯދުމެއް ނުވެއެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ރަހުމަތުން އުންމީދު ކަނޑާލައިފިނަމަ ދިރުމެއް ނުވެއެވެ.

    ދުވަހުގެ ނަމާދު ވަގުތު: މާލެސިޓީ

    * އިރު އެރީ: 06:12

    ފަތިސް:    05:01 

    މެންދުރު:  12:20

    އަސްރު:    15:28

    މަގުރިބު:   18:20

    އިޝާ:      19:31

    ]]>
    Fri, 13 Mar 2026 11:52:36 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 22 https://heerasnews.com/3953 https://heerasnews.com/3953 ދުވަހުގެ ދުއާ:

    حَسْبِيَ اللَّهُ لَا إِلَهَ إِلَّا هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ –  التوبة 129

    ތިމަންކަލޭގެފާނަށް ﷲ ފުދެއެވެ. އެއިލާހު މެނުވީ (ހައްގުވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވެއެވެ. ހަމައެކަނި އެއިލާހަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ. އެއިލާހީ މަތިވެރިވެގެންވާ އަރުޝީގެ ވެރި އިލާހެވެ.

    ދުވަހުގެ ނަސޭހަތް: 

    ބައެއްގެ ތެރޭގައި ފާހިޝްކަންތައްތައް ފާޅުވެ އެކަމެއް އިއުލާނުކޮށް އާންމުކޮށްފިނަމަ ދަންނައެވެ. ފަހެ އެހިނދު އެބައެއްގެ ތެރޭގައި ތާއޫނާއި (ގައިން ގަޔަށް އަރާ ބަލިތަކާއި) އެމީހުންގެ ކުރިން އެއްވެސް ބަޔަކު ދެކެފައި ނުވާފަދަ އާ ބަލިތަކާއި ރޯގާތަކާއި ތަދުމަޑުކަން ފެތުރި އާންމުވެދެއެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ކުރާ ކޮންމެ އަމަލަކީ އުފާވެރިކަން ގެނެސްދޭނެ ކަމަކަށް ނުވެދާނެއެވެ. ނަމަވެސް، އަމަލީ ގޮތުން މަސައްކަތެއް ކޮށްގެން މެނުވީ އުފާވެރިކަމެއް ހާސިލެއް ނުކުރެވޭނެއެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ:  06:12

    ފަތިސް:    05:01

    މެންދުރު:   12:20

    އަސުރު:   15.29

    މަގުރިބު:   18:20

    އިޝާ:    19:31

    ]]>
    Thu, 12 Mar 2026 14:43:36 +0500 މުއާޒު
    ބަޔަކު މެރުމަށް އޭއައި އެހީތެރިވިކަމަށް ތުހުމަތުކޮށް ދައުވާކޮށްފި https://heerasnews.com/3959 https://heerasnews.com/3959 ޓަމްބްލާ ރިޖްގައި ހިނގި ބަޑީގެ ހަމަލާއާ ގުޅިގެން އޯޕަން އޭއައި  އާއި ދެކޮޅަށް ދައުވާކޮށްފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް އުފައްދާ ކުންފުނި " އޯޕަން އޭއައި" އާއި ދެކޮޅަށް ދައުވާ ކުރީ ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ޓަމްބްލާ ރިޖްގައި ދިން ބަޑީގެ ހަމަލާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 12 އަހަރުގެ އަންހެން ކުއްޖެއްގެ މަންމައެވެ.

      އާޓިފިޝަލް އިންޓެލިޖެންސް އުފައްދާ ކުންފުނި "އޯޕަން އޭއައި" އާ ދެކޮޅަށް ކުރި ދައުވާގައި ބުނެފައިވަނީ އެ ކުންފުނީގެ ޗެޓްބޮޓެއް ކަމަށްވާ "ޗެޓް ޖީޕީޓީ" އިން، ހަމަލާ ދިން މީހާއަށް އެކަން ރޭވުމުގައި އެހީތެރިވެދީފައިވާ ކަމަށެވެ.

    ދައުވާ ހުށަހެޅި ސިއާ އެޑްމަންޑްސް ބުނާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އަށް މީހަކު މަރާލުމަށްފަހު އަމިއްލައަށް މަރުވި އުމުރުން 18 އަހަރުގެ ޖެސީ ވަން ރޫޓްސެލާރ އަށް، އެ ޗެޓްބޮޓް މެދުވެރިކޮށް "މައުލޫމާތާއި، އިރުޝާދާއި އަދި އެހީތެރިކަން" ފޯރުކޮށްދީފައިވެއެވެ. 

    ދައުވާގައި އިތުރަށް ބުނެފައިވަނީ، ހަމަލާދިން މީހާގެ ޕޯސްޓްތަކުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ ކުންފުނީގެ އެތެރޭގެ ނިޒާމުތަކުން ދެމުންދިޔަ ނަމަވެސް، އޯޕަން އޭއައި އިން އެކަމާ މެދު އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

    ހާދިސާގެ ތަފްސީލަށް ބަލާއިރު، ހަމަލާދިން މީހާ އެންމެ ފުރަތަމަ އޭނާގެ މަންމައާއި އެއްބަނޑު އެއްބަފާ ކޮއްކޮ މަރާލުމަށްފަހު، ޓަމްބްލާ ރިޖް ސެކަންޑަރީ ސްކޫލަށް ގޮސް ފަސް ދަރިވަރުންނާއި ޓީޗަރެއްގެ އެހީތެރިއަކު މަރާލިއެވެ. އަދި މި ހަމަލާގައި މާޔާ ގެބާލާ ހިމެނޭހެން ދެ ދަރިވަރަކު ޒަހަމްވިއެވެ.

    ތުހުމަތުތަކާ ގުޅިގެން އޯޕަން އޭއައި އިން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މައްސަލައަކީ އަދި ކޯޓުގައި ސާބިތުވެފައިވާ މައްސަލައެއް ނޫނެވެ.

    މި ހަމަލާގައި ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބުނު މާޔާ، ހަފްތާތަކެއް ވަންދެން ފަރުވާ ހޯދުމަށްފަހު މިހާރު އަންނަނީ އަމިއްލައަށް ނޭވާލަމުންނެވެ.

    ]]>
    Thu, 12 Mar 2026 14:31:08 +0500 މުއާޒު
    ޝިހާބަށް އުޅުއްވޭނީ ގާސިމު ފިޔަވަޅު މަތީގަ! https://heerasnews.com/3958 https://heerasnews.com/3958 ލަދުން ބޯހަލާކެވެ. މުހައްމަދު ޝިހާބަށް ލިބިވަޑައި ނުގަނެގެން އެ އުޅުއްވަނީ ކޮން އެއްޗެއް ހެއްޔެވެ. ހަމަ ގައިމު މުދަލާ ފައިސާ މަދެއް ނުވާނެއެވެ. ދެއްވި ހެޔޮ ރަހުމަތުގައި ތިއްތިކޮށް ނުހުންނެވިގެން އެ ނުކުމެ ވަޑައިގަތީ އަމަށަކު ވަރެއް ވެވަޑައިގެން ނޫންކަން ގައިމެވެ. 

    ރައީސް މުއިއްޒުގެ ހުދުމުހުތާރު ކަމާއި ދޮގުވެރިކަމާ ލޮލުން ބޮލުން ގަބޫލު ކުރައްވާނެކަން ގައިމެވެ. ކޮރަޕްޝަނާއި ފަސާދަ މުއިއްޒުގެ ސަރުކާރުގައި އޮތްވަރު ހިތްޕުޅުގެ އަޑީން ގަބޫލު ކުރައްވާނެ ކަމާމެދަކު ޝައްކެއް ނުކުރެވެއެވެ. 

    އަތްނުލަންވާ ތަންތާ އަތްލައިގެން މުއިއްޒުގެ ސަރުކާރު އައި ފަހުން ތަރުތީބުވެގެން ރައްޔިތުންގެ ގިނަ ބަޔަކަށް ޖައްސަމުންދާ ބަލާ މުސީބާތް ބޭފުޅުކަމުން ފަހަރެއްގަޢ މުހައްމަދު ޝިހާބަށް އިހުސާސް ނުކުރެއްވިދާނެއެވެ. އެހެނެއް ކަމަކު ސަތޭކަ ބިލިޔަނަށް ވުރެ މާ ބޮޑު ބަޖެޓެއް ދެއަހަރު ތެރޭގައި ތަޅާ ބުރުއްސާލިކަން އެނގި ވަޑައި ގަންނަވާނެއެވެ..

    މުއިއްޒު ތަޅާ ބުރުއްސާލި ބިޔަ ދެ ބަޖެޓުން ރައްޔިތުންނަށް ރޯގިލަ ކަންފުޅެއް ނުވާކަން ގައިމު ވެސް އެނގި ވަޑައިގަންނަވާނެއެވެ. ރައްޔިތުންގެ މަޖިލިސް މުއިއްޒުގެ ފައިކޭޓަށް މަހާލިގޮތްވެސް ދެކިވަޑައި ގަންނަވާނެއެވެ. ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތައް މުށުތެރެއަށް ގެންދިޔަ ގޮތްވެސް ސާފުވެ ވަޑައި ގަންނަވާނެއެވެ. 

    މުއިއްޒުގެ ނޭއްގާނި ހުދުމުހުތާރު ކަމާއި މަވެތި އިސްރާފުކުރުން ތަކަށް ބީރު ކަންފަތް ދެއްވާ ލޯމަރުއްވަގެން ދެ އިންތިހާބު އެއްކޮށްލަން ތާއީދު ކުރައްވަނީ ކީއްވެކަން ނެނގޭ ބަޔަކަށް ނޭނގުނަސް އެނގޭ ބަޔަކުވެސް ތިބޭނެތާއެވެ. އެއްވެސް އިރެއްގައި ގާސިމު ފިޔަވަޅުމަތީ ފިޔަވަޅު އަޅުއްވައިގެން ނޫނީ ޝިހާބަކަށް ނޫޅުއްވޭނެއެވެ. ޝިހާބަށް އުޅުއްވޭނީ ގާސިމު ފިޔަވަޅު މަތީގައެވެ. 

    ]]>
    Wed, 11 Mar 2026 21:08:05 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 21 https://heerasnews.com/3950 https://heerasnews.com/3950 ދުވަހުގެ ދުއާ:

    إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللهِ – يوسف 86

    ތިމަންކަލޭގެފާނުގެ މޮޅިޔާއި، ހިތާމައިގެ ޝަކުވާ ދަންނަވާކަން ކަށަވަރީ، ހަމައެކަނި ﷲ އަށެވެ.

    ދުވަހުގެ ނަސޭހަތް: 

    ހައްގުތައް އަދާކުރުމުން ގުޅުންތައް ވަރުގަދަވެއެވެ. އަދި މުޖުތަމައުގައި އެހީތެރިކަން ފޯރުކޮށްދިނުން އިތުރުވެއެވެ. އަދި މުޖުތަމައުގެ ބިނާތައް އެއްބައިވަންތަވެއެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށް އޭނާއަށް ބާރުފޯރުވޭހާ ހިނދަކު، ތިމާއަށް ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެއެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ:  06:13

    ފަތިސް:    05:01

    މެންދުރު:   12:20

    އަސުރު:    15:30

    މަގުރިބު:   18:20

    އިޝާ:      19:32

    ]]>
    Wed, 11 Mar 2026 14:15:15 +0500 މުއާޒު
    ނަމިރާ ނާޒިމަށް: ދެ އިންތިހާބު އެއްކުރަން ހާއްސަ މަޖިލީހުން އެއްބަހެއްނުވޭ https://heerasnews.com/3957 https://heerasnews.com/3957 ‏ދެ އިންތިހާބު އެއްކުރުމަކީ މާކުރިއްސުރެ ކުރަންޖެހިފައިވާ ކަމެއްކަމަށް ދައްކަން ޒާތްޒާތުގެ ވާހަކަ ފަތުރާނެ ކަމެއް ނެތެވެ. އެއްޔަކީ ރިޔާސީ ނިޒާމު އޮތް އެއްވެސްތާކު ބަޔަކު ކުރާކަމެއް ނޫނެވެ.

    އަމްދުން ރާއްޖޭގައި 94 ރަނިންގ މޭޓުންނާއެކު ރައީސް ކަމަށް މީހަކު ނިކުތުމަށް ފުރުސަތު ދޭން ހެޔޮނުވާނެއެވެ. އިންތިހާބެއް ނެތިއްޔާ ލޮލުގެ ކުޑަކޮޅުންވެސް ރައްޔިތަކަށް ބަލައިނުލާވަރަށް އަމިއްލަ އެދުމުން ފޯވެފައިވާ ސިޔާސީ ބަޔަކަށް އެ ޖާގަ ދޭން ހެޔޮނުވާނެއެވެ.

    ދެ އިންތިހާބު އެއްކުރުމަކީ މާމޮޅު ހަރަދު ކުޑަ ގޮތެއްކަމަށް ވިސްނައިދޭން މަޖިލީހުގެ ނައިބު ރައީސް ނަމިރާ ނާޒިމުމެން ދައްކާ ހީލަތްތެރި ވާހަކަ ނިކަން ދެކިބަލާށެވެ. ގާނޫނު އަސާސީ ހެދިއިރުވެސް އެއްކުރުމުގެ ވާހަކަ ދެކެވުނުކަމަށް ނިކަން ގަދައަށް އެބަ ބުނެއެވެ. އެހެން ބުނާއިރު އެއްކުރަން ހާއްސަ މަޖިލިސް އެއްބަސްނުވި ވާހަކަ ބުނާކަށް ނުކެރެއެވެ. 

    ތެދެކެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސް ކުރެވިފައިވެއެވެ. އޭރު މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ތިން ހުށަހެޅުމެއް ހުށަހެޅުނެވެ.

    ދެ އިންތިހާބު އެއްކުރުމަށް ހުށައެޅި 3 ހުށަހެޅުމަށް ތާއީދު ލިބުނެވެ. 3 ހުށަހެޅުމަށްވެސް ބަހުސްކޮށް ހާއްސަ މަޖިލީހުން އެކަމަށް ވަނީ ގޮތް ނިންމާފައެވެ. ތިން ހުށައެޅުމަށްމެ، ހާއްސަ މަޖިލީހުން ނިންމާފައިވަނީ އެއް ގޮތެކެވެ. 

    ހާއްސަ މަޖިލީހުން ނިންމަފައި އޮތީ ދެ އިންތިހާބު އެކުގައި ނުބޭއްވުމަށެވެ. ހާއްސަ މަޖިލިސް ހަރުއަޑުން ބުނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ދެތާރިހެއްގައި ވަކީން ބޭއްވުމަށެވެ.

    އޭރުވެސް މިހާރުވެސް ދެ އިންތިހާބު އެއްކޮށްލުމަކަށްވެސް އެއް ދުވަހެއްގައި ބޭއްވުމަކަށް ގައުމު ނޭދެއެވެ. ކަންކަން އޮޅުވާލުމަށް އަލީ ވަހީދޭ ޝާހީނު ހަމީދޭ އިބުރާ އެކޭ ނަމިރާ ނާޒިމެއް ކަމަކު ކިޔާނެ ކަމެއް ނެތެވެ. 2 އިންތިހާބު އެކުގައި ބޭއްވުމަކަށް އެއްވެސް އިރަކު ރައްޔިތުން ތާއީދެއް ނުކުރެއެވެ. 

    ]]>
    Tue, 10 Mar 2026 21:13:48 +0500 މުއާޒު
    ޝާހުރުކް ހާން ޖެއިލަރ 2 އިން ފެނިދާނެ https://heerasnews.com/3956 https://heerasnews.com/3956 ރަޖްނީކާންތު ލީޑް ރޯލުން ފެންނަ "ޖެއިލަރ 2" ގައި ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން ކެމިއޯ ރޯލަކުން ފެނިދާނެކަމަށް ބުނެ ފިލްމީ ދާއިރާގައި އަޑުތައް އެބަފެތުރެއެވެ.

    މި ވާހަކަ ބޮޑަށް ދެކެވެން ފެށީ މަޝްހޫރު އެކްޓަރު މޯހަންލާލްގެ ސްޓައިލިސްޓް، ޖިޝާދު ޝަމްސުއްދީން ސޯޝަލް މީޑިއާގައި ހިއްސާކުރި އޭއައި ފޮޓޯއަކާ ގުޅިގެންނެވެ. އެ ފޮޓޯއިން ރަޖްނީކާންތު އާއި ޝާހްރުކް ހާން އާއި މޯހަންލާލް އަދި ޝިވަ ރާޖްކުމާރު، އެކުގައި ފެންނަ އިރު، އޭނާ ވަނީ "ކަންޑިއްޕާ އިރުކުމް" (ޔަގީނުން ވެސް އޮންނާނެ) މިހެން ލިޔެފައެވެ.

    ނެލްސަން ދިލިޕްކުމާރު ޑައިރެކްޓްކުރާ މި ފިލްމުގައި ރަޖްނީކާންތު ފެންނާނީ ކުރީގެ ފިލްމެކޭ އެއްފަދައިން "ޓައިގަރ މުތުވެލް ޕާންޑިއަން" ގެ ރޯލުންނެވެ. މި ސީކުއަލްގައި މިތުން ޗަކްރަބޯޓީ އާއި ވިދްޔާ ބާލަން ފަދަ ތަރިން ފެންނާނެ ކަމަށް ބެލެވޭ އިރު، އެސް.ޖޭ ސޫރިޔާ ފެންނާނީ ވިލަންގެ ރޯލުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

    ނަމަވެސް، ޝާހްރުކް ޚާން މި ފިލްމުން ފެންނާނެކަން ފިލްމު އުފައްދާ ފަރާތުން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އޭނާ މި ފިލްމުގެ ޝޫޓިންގްގައި މި އަހަރުގެ މި މަހުގެ ތެރޭގައި ހަފްތާއެއްހާ ދުވަހު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

    ]]>
    Tue, 10 Mar 2026 16:29:09 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 20 https://heerasnews.com/3949 https://heerasnews.com/3949 ދުވަހުގެ ދުއާ:

    رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ-إبراهيم41

    އަޅަމެންގެ ރައްބު! ހިސާބު ގާއިމުވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، މުއުމިނުންނަށް ފާފަފުއްސަވާނދޭވެ!

    ދުވަހުގެ ނަސޭހަތް: 

    ޝަރުއު ކުރައްވާފައިވާ ކަމެއްގައި ވަކި ބަޔަކަށް ބޭއިންސާފު ވެޔޭ ބުނެ މިޝަރީއަތަށް ނަފުރަތްތެރިކުރުވާ، އިސްލާމީ ޝަރީއަތް ތަންފީޒު ނުކުރަން ނަސޭޙަތްތެރިވާ މީހުންގެ ނަސޭޙަތުގެ މިސާލަކީ ޝައިތަނާ އާދަމު އަލައިހިއްސަލާމާއި ހައްވާ އަލައިހައްސަލާމް ސުވަރުގެއިން ނެރުމަށް ދިން ނަސޭހަތުގެ މިސާލެވެ. 

    ދުވަހުގެ ހިކުމަތުގެ ބަސް:

    އެންމެ ފުރިހަމަ ހިކުމަތަކީ ސާބިތު އަޒުމެކެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ:  06:13

    ފަތިސް:   05:02

    މެންދުރު:   12:20

    އަސުރު:   15:30

    މަގުރިބު:   18:20

    އިޝާ:    19:32

    ]]>
    Tue, 10 Mar 2026 09:35:45 +0500 މުއާޒު
    ގާސިމަށް: ދަވާލަން ނުކުރެވި އޮތްކަމަކީ އިންތިހާބުތައް އެއްކުރުން https://heerasnews.com/3955 https://heerasnews.com/3955 2008 ގެ ރިޔާސީ އިންތިހާބަށް ފަހު އައި ސަރުކާރުތަކުގެ ވާހަކަ ގާސިމް އިބްރާހީމް ނުދައްކާށެވެ. ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލާކު ކުރި ބޮޑު ފަންޏަކީ ކާކުކަން ދިވެހިންނަކަށް ނޯޅޭނެއެވެ. 

    އުފެދޭ ކޮންމެ ސަރުކާރެއްގެ ބޯކިބައިން ބޮޑު ފޮއްޗެއް ޖަހައިގަންނަން ގާސިމު ނުކުރަނީ ކީއްހެއްޔެވެ. ދައުލަތް ލޫޓުވާލައިގެން ނުހޯދަނީ ކޮން މޮޅެއް ހެއްޔެވެ. 

    މަޖިލީހޭ މެޖޯރިޓީއޭ ސަރުކާރޭ ކިޔަން ގާސިމު ލަދުނުގަންނަ ކަމެވެ. ރިޝްވަތުގެ ކަޅު ފައިސާއަށް ރައްޔިތުން ލަންބުވާލީ ގާސިމު⁹ ނޫން ދެވަނަ މީހެއް ނޫނެވެ. ކިންގމޭކަރ ހެދިގެން ދައުލަތަށް ނުދެނީ ކޮން ގެއްލުމެއް ހެއްޔެވެ. 

    އުމުރެއް ތިޔަ ހުސްކުރަނީ ދައުލަތް ނޮޅާކެއުމުގައެވެ. ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރެއްގެ އެތައް ވަޒީރަކަށް މަހު އެއްޗެތިކޮޅު ދެއެވެ. ކޮންމެ ޕާޓިއެއްގެ ޓިކެޓްގައި ހޮވިފައި ހުއްޓަސް ގަޔާވާ އެތައް މެންބަރުންނަކަށް މަހުން މަހަށް ބަނޑު ހަނޑޫ  ދެއެވެ. ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގައި ވިލާއިން ފެން ނުއޮހޭ ބަޔަކު މަދުވާނެއެވެ. 

    ދައުލަތް ދޮވެލުމުގެ ބޭނުމުގައި އިންތިހާބުތައް ސަރުކާރަށް ނަގައިދޭން އަމިއްލަ މާލާއި މުދާ ހޭދަކުރަންޖެހޭތީ ހަރަދު ބޮޑުވެގެން އުޅޭނެ ކަމެއްނެތެވެ. ގާތުން ކުރާ ހޭދައިގެ އެތައް ގުނައެއް ސަރުކާރު މެދުވެރިކޮށް ގައުމުގެ މިލްކިއްޔާތުން އަބަދުވެސް ދަމައި ގަންނަކަން ނޭނގޭ މީހަކު ވެސް ނެތެވެ. 

    ކޮންމެ ފަހަރަކު ރިޔާސީ އިންތިހާބަށް ދޮންކުރަންދެން އޭރަކު ހުންނަ ރައީސަކު ޖަހާހާ ބެެރަކަށް ގާސިމު ނަށާކަން އެނގެއެވެ. މުއިއްޒު އެޅިހާ ބަތަކަށް ރިހަވެގެން އުޅޭނެކަން އެންމެނަށް އެނގެއެވެ. ހިތް ނުފުރުނަސް މިހާރު ދައުލަތުން ދެމެން އޮތް ވަރަކަށް ދަވާލެވުމުން މުއިއްޒު ގުއި ވެގެން އުޅޭތަން ވެސް ދެކޭނަމެވެ.

    ދެއިންތިހާބު އެކުގައި ބޭއްވުމެއް މިވަގުތަކު ގާސިމަކަށް ގޯހެއް ނުވާނެއެވެ. މުއިއްޒު ބޭނުންކޮށްގެން ގާސިމު ދައުލަތުން ލޫޓްވާލަން އަދިވެސް ބައިވަރު އެބައޮތެވެ.  މުއިއްޒު ރުއްސުމުގެ ބޭނުން ގާސިމަށް މިހާރު ބޮޑުވާނެއެވެ.

    ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހަރާބުކޮށް ގައުމު ހަލާކު ކުރުމުގެ މުގުލުގައި ގާސިމް ނެތް އިރެއް ނުދެއެވެ. އެހެން ކަމުން ދެ އިންތިހާބު އެކުގައި ބޭއްވުން ހަލާލުކުރަން ގާސިމެއް ކަމަކު ހަމަ ދައްކާނެ ކަމެއް ނެތެވެ. 

    ]]>
    Mon, 09 Mar 2026 20:37:57 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 19 https://heerasnews.com/3948 https://heerasnews.com/3948 ދުވަހުގެ ދުއާ:

    رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ” (آل عمران 16)

    އަޅަމެންގެ ރައްބު! އަޅަމެން އިބައިލާހަށް އީމާން ވެއްޖައީމެވެ. ފަހެ އަޅަމެންގެ ފާފަތައް ފުއްސަވައި ދެއްވައި، ނަރަކައިގެ އަޒަބުން އަޅަމެން ދިންނަވާނދޭވެ!

    ދުވަހުގެ ނަސޭހަތް: 

    ގައިރު މުހުސަނަކު (ސައްހަ ޝަރުއީ ކައިވެންޏެއް ކޮށްފައިނުވާ މީހެއް) ޒިނޭ ކުރިކަން އޭނާގެ އިގުރާރުން ނުވަތަ އެއްވެސް ޝުބުހައެއް ޝައްކެއް ނެތްގޮތުގައި ހަތަރު ހެކީންގެ ހެކިބަހުން ސާބިތުވެއްޖެނަމަ، ނުވަތަ އެފަދަ އަންހެނަކު ޝަރުއީ ކައިވެންޏަކާ ނުލައި ބަލިވެއިނދެއްޖެނަމަ އޭނާގެ މައްޗަށް އޮތީ ސަތޭކަ އެތިފަހަރުން ހައްދުޖަހާ އެއްއަހަރު ދުވަހަށް އަރުވާލުމެވެ. ސަތޭކަ އެތިފަހަރުން ހައްދުޖެހުމުގައި ފިރިހެނެއްކަމުގައި ވިޔަސް އަންހެނެއް ކަމުގައި ވިޔަސް ފަރަގެއް ނެތެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ހިކުމަތުގެ ނިޝާނަކީ އުނގެނުމަށް ހުންނަ ޝައުގުވެރިކަމެވެ. އޭގެ ހެއްކަކީ ހަމަޖެހުމާއި ކެތްތެރިކަމެވެ. އޭގެ އަސްލަކީ ތަޖުރިބާތަކާއި ކަންކަން ދެނެގަތުމެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:14

    ފަތިސް:   05:03

    މެންދުރު:   12:21

    އަސުރު:   15:33

    މަގުރިބު:  18:19

    އިޝާ:   19:31

    ]]>
    Mon, 09 Mar 2026 10:19:00 +0500 މުއާޒު
    ތިލަފަތުގެ ކަނބަލުންނަށް އިތުބާރުކޮށް ވޯޓްދެއްވާ https://heerasnews.com/3954 https://heerasnews.com/3954 ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު ތިލަފަތުގެ ހިތްވަރުގަދަ އަންހެނުން ކަބަލުންނަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެދި ވަޑައިގެން ފިއެވެ. 

    އަންހެނުންނަކީ އަބަދުވެސް ހިތްވަރުގަދަ ކަންކުރަން ކެރޭ ބައެއް  ކަމަށާއި މިއަދު އެ ޖޯޝާ ހިތްވަރު ސިޔާސީ މައިދާނުގައި ދައްކަވަމުން ގެންދަވާކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. 

    ޕީއެންސީގެ ސަރުކާރުގެ ދަށުން ބިރުދެއްކުމާއި އިންޒާރު ދިނުމާއި ރިޝްވަތުގެ ހުތުރު ޢަމަލުތަކުން ހަރާބުކޮށްފައިވާ މާޙައުލަކަށް ވީއިރުވެސް އެމްޑީޕީގެ ކަނބަލުން ނިކަން ކެރިގެން ނުކުމެވަޑައިގެން ތިއްބެވިކަމަށް ވެސް ޝާހިދު ވިދާޅުވެއެވެ.

    އެމްޑިޕީގެ ކަބަލުން ނިކުމެ ތިއްބެވީ އަދުލު އިންސާފާއި ހެޔޮވެރިކަމާއި ހަމަހަމަކަމާއި ތަރައްގީ އާއި ލާމަރުކަޒީ ނިޒާމަކީ މިވަގުތު ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރައްވާތީ ކަމަށް ވެސް ޝާހިދު ވިދާޅުވެއެވެ.

    އެމްޑީޕީގެ ކަނބަލުންގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ހަގު ސިޔާސީ ކެންޑިޑޭޓް ހުންނެވިކަން ޕާޓީގެ ގޮތުގައި ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވަމުން އެމްޑީޕީގެ ރައީސް ވިދާޅުވީ ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ހަރަކާތެއްގެ އެންމެ ކުރީ ސަފުގައި ހަގީގަތުގައި ތިއްބަވަނީ އަންހެން ބޭފުޅުން ކަމަށް ވިދާޅުވިއެވެ.

    ލޯކަލް ކައުންސިލްތަކުގެ ކޮމްޕޮޒިޝަންގައި ތިން ބައިކުޅަ އެއްބައި އަންހެނުން ތިބެންޖެހޭނެ ކަމަށް ގާނޫނުން ކަނޑައެޅީ އެމްޑީޕީ ސަރުކާރުން ކަމަށާއި  ކަނބަލުންގެ އަޑު އަހަންޖެހޭ ކަމަށާއި ތަފާތު ވިސްނުންތަކާއި ޚިޔާލުތަކަކީ ސިޔާސީ މައިދާނުގައި ބޭނުންވާ ކަމެއް ކަމަށް ޝާހިދުވިދާޅުވިއެފެ. 

    ރާއްޖޭގެ ތާރީހުގައި އަންހެނުން އަދާކުރި އިސް ދައުރު ފާހަގަކުރައްވަމުން ވިދާޅުވީ ވެރިކަމާއި އިގުތިސާދާއި ސަގާފަތް ރައްކާތެރިކުރިކަމަށެވެ. ވިދާޅުވިއެވެ. 

    ޕީއެންސީއަށް ކައުންސިލްތައް ލިބިއްޖެނަމަ ކައުންސިލްތަކުގެ ބާރުތައް ލަފާފުޅާއި އިރުޝާދުގެ، ރިމޯޓެއްގެ ދަށަށް ދާނެ ކަމަށާއި  ފެންނަ ނުފެންނަ ވޯޓަކުން ދެ އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ސަރުކާރު ކުރާ ކަމެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

    ޝާހިދު އިތުރަށް ވިދާޅުވަނީ ދެ ފުރުސަތު އެއް ފުރުސަތަކަށް ބަދަލުކޮށްލުމަކީ ރައްޔިތުންގެ އަޑު އިވުމަށް ހުރަސްއެޅުން ކަމަށެވެ.

    ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މެސެޖުގެ ގޮތުގައި ޝާހިދު ވިދާޅުވީ އިންތިހާބަށް ކުރިމަތިލައިގެން ތިއްބެވި އަންހެން ބޭފުޅުންނަށް އިތުބާރުކުރައްވައި ތިލަފަތުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ.

    ]]>
    Sun, 08 Mar 2026 20:32:03 +0500 މުއާޒު
    ފުލުހުންގެ ވެރިއަކަށް އަންނަން ތިބީ ކުށުގެ ތުހުމަތުން ފޯވެފާ ތިބިބައެއް؟ https://heerasnews.com/3942 https://heerasnews.com/3942 ފުލުހުންގެ ވެރިއަކަށް ހުންނަން ޖެހޭނީ ކޮމްޕްރަމައިޒް ނުވާ މީހެކެވެ. އެކި ވަރުގެ ކުށުގެ ތުހުމަތުތައް އެކިފެންވަރުގައި ނެތް މީހެކެވެ. 

    ފުލުހުންނަކީ ކުށްކުރުމުން ރައްޔިތުން ދުރުކުރުމުގެ ގާނޫނީ ޒިންމާ އުފުލާ މީހުންނެވެ.  ވެރިއަކަށް ހުންނަން ވާނީ މޫނަކަށް ކަނދުރާއަކަށް ނުބަލާ ގާނޫނުގެ ހުކުމް ހިންގޭވަރުގެ މީހެކެވެ. އިލްމާއި ހުނަރާއި ހުރި މީހެކެވެ. އަހުލާގާއި ސުލޫކު ހުރި ނަޒަހާތްތެރި އެކެވެ. ގާނޫނު ނެގެހެއްޓުމަށް ފަސް ނުޖެހޭނެ ވަކި ބައެއްގެ މަސްލަހަތު އިސްނުކުރާނެ މީހެކެވެ. 

    ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ފައިނަގާ ކޮންމެ މީހަކުވެސް ބުނާނީ ތިމާ ވަރެއް ނުހުންނާނެ ކަމަށެވެ. މާޒީގައި ކޮންމެ ކަމެއް ކޮންމެހެނެއް ހިނގާފައި އޮތަސް މަގާމުގެ ޒިންމާ އަދާކުރާނީ ވަރަށް ރަނގަޅަށް ކަމަށް ބުނާނެއެވެ. އެކަމަކު އެހެން ވާނެ ހެއްޔެވެ. 

    ފުލުހުންގެ ހުވާކޮށްގެން ހުއްޓާ އެ މީހެއްގެ މައްޗަށް ކުށުގެ އެކިވަރުގެ ތުހުމަތުކުރެވި މައްސަލަ ބަލާ ފިޔަވަޅު އެޅިފައި ހުންނަ މީހަކަށް އިތުބާރު ކުރާނީ ކާކުހެއްޔެވެ. ބަދަލު ހިފުމާއި ފޭވަރ ކުރުން ނެތިދާނެކަމަށް ގަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ.

    ފަހަރެއްގައި މީހަކަށް ވީތީ ކުށެއް ކުރެވިފައި އޮވެދާނެއެވެ. އެކަމަކު މަތި މައްޗަށް ކުށުގެ ތުހުމަތު ކުރެވުމަކީ ތޮބީއަތުގައި ކުށްކުރުން އަށަގެންފައި ހުންނާނެ ކަމުގެ ދަލީލެކެވެ.ބައެއް ފަހަރު ތުހުމަތު ކުރެވޭ ކަމެއް ސާބިތު ނުވުމަކީ އެކަމެއް ނުކުރާނެ ކަމަށް ގަބޫލުކުރުމަށް އޮތް ހުއްޖަތެއް ނޫނެވެ. އެއަށްވުރެ ދިވެހި ފުލުހުންގެ ރެކޯޑް ގޯހެވެ. 

    ސިޔާސީ އޮއިވަރުގައި ޖެހި އެކި އެކަށްހެން ފަށަދަ ވެފައިވާ ދިވެހި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންގެ އިތުބާރު އޮތްތަނަކަށް ހެދުމުގެ ގާބިލުކަން މަތިފަޑީގައި ތިބި މީހުންގެ ތެރޭގައި ދާދިމަދެވެ. އެފަދަ މީހަކު މުއައްސަސާއާއި ހަވާލުވެގެން ރަނގަޅުކުރަން އުޅޭތީއެއް ނުފެނެއެވެ. 

    ކޮމިޝަނަރު ކަމަށް ފައިނަގައިގެން އުޅޭތަން ފެންނަނީ ފަސްބައި ކިލަނބު ކުށުގެ ރެކޯޑުން ތަތްތެޅިފައި ތިބޭ މީހުންނެވެ. ފުލުހުންގެ މުއައްސަސާ ސިޔާސީ ވެފައި އޮތްވަރުން އެތާނގައި ކޮމިޝަނަރަކު ހަރެއްނުލައެވެ. 

    ]]>
    Sun, 08 Mar 2026 19:25:32 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 18 https://heerasnews.com/3947 https://heerasnews.com/3947 ދުވަހުގެ ދުއާ:

    رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ  [ البقرة 201]

    “އަޅަމެންގެ ރައްބު! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަން ދެއްވައި އަދި އާހިރަތުގައި ހެޔޮކަން ދެއްވާނދޭވެ! އަދި ނަރަކައިގެ އަޒާބުން އަޅަމެން ދިންނަވާދޭނވެ!

    ދުވަހުގެ ނަސޭހަތް: 

    މުހުސަނަކު (ސައްހަ ޝަރުއީ ކައިވެންޏެއް ކޮށްފައިވާ މީހެއް) ޒިނޭ ކުރިކަން އޭނާގެ އިގުރާރުން ނުވަތަ އެއްވެސް ޝުބުހައެއް ޝައްކެއް ނެތްގޮތުގައި ހަތަރު ހެކީންގެ ހެކިބަހުން ސާބިތުވެއްޖެނަމަ އަދި ނުވަތަ އެފަދަ އަންހެނަކު ޝަރުއީ ކައިވެންޏަކާ ނުލައި ބަލިވެއިނދެއްޖެނަމަ އޭނާގެ މައްޗަށްވެސް  އޮތީ ރަޖަމުކުރުމެވެ. ރަޖަމުގެ ހުކުމުގައި ފިރިހެނެއްކަމުގައި ވިޔަސް، އަންހެނެއްކަމުގައި ވިޔަސް ތަފާތެއް ނެތެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ވަގުތާއި އިލްމުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ގާބިލުކުރުވަނީ ބުއްދިއެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:14

    ފަތިސް:   05:03

    މެންދުރު:   12:21

    އަސުރު:   15:33

    މަގުރިބު:   18:21

    އިޝާ:    19:32

    ]]>
    Sun, 08 Mar 2026 07:45:37 +0500 މުއާޒު
    ހަރަމްފުޅު ބޮޑުކުރުމަކީ ބަންޑާރަ މިސްކިތް ތަޅާލަން އޮތް ހުއްޖަތެއްނޫން: އިލްޔާސް https://heerasnews.com/3952 https://heerasnews.com/3952 މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވަނީ ތެދެކެވެ. ގައުމެއްގެ ކާބަފައިން ދޫކޮށްފައިވާ މުހިއްމު އާސާރުތަކަކީ، އެ ގައުމެއްގެ މޫނުބަލާ ލޯގަނޑެވެ. އެހެން ކަމަށް ވާއިރު، ގަރުނެއް ވާން ކައިރިވެފައިވާ ބަންޑާރަ މިސްކިތް ތަޅައިލުމަށް ސަރުކާރުން ނިންމި ނިންމުން އެއްގޮތަކަށް ވެސް ބަލައި ނުގަންނަކަމަށް މާލެ ސީޓީގެ މޭޔަރ އޮނަރަބަލް އާދަމް އާޒިމް ވިދާޅުވުމަކީ ގޯހެއް ނޫނެވެ. އެކަން އޮންނަންވާނީވެސް އެހެންނެވެ.

    ސަރުކާރު ޕްރަމޯޓްކުރާ ކުލީ ގަލަންތަކުން ޒާތް ޒާތަށް ރައްދު ދިނަސް އެ ވިދާޅުވާހެން ބާޑަރަ މިސްކިތަކީ ދިވެހިންގެ ދީނާއި ސަޤާފަތާއި ތާރީހު ދައްކުވައިދޭ މުހިއްމު ރަމްޒެކެވެ. އާޒިމް ވިދާޅުވާހެން ބަންޑާރަ މިސްކިތް ހުރި ހިސާބުގެ ގޮތުން މާލެ ސިޓީއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ވެސް، އެ ބިނާ އަކީ ވަރަށް މަގުބޫލު ތަނަކަށްވަނީ ވެފައެވެ.

    ބަންޑާރަ މިސްކިތް ތަޅައިލުމަކީ، ރާއްޖޭގެ ތާރީހީ ބިނާތަކާއި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނާ ވެސް ހިލާފު ކަމަކަށް ވާތީ، ސަރުކާރުގެ މި ނިންމުން ބަދަލުކުރުމަށް މާލެ ސިޓީގެ މޭޔަރ ވަނީ ގޮވާލައްވާފައެވެ. މޭޔަރުގެ ގޮވާލެއްވުމަށް ތާއީދު ކުރައްވާ ދީނީ އިލްމުވެރިޔާ އިލްޔާސް ޖަމާލު ވަނީ ވާހަކަ ދައްކަވާފައެވެ. 

    ޝައިހު އިލްޔާސް ޖަމާލް ވިދާޅުވަނީ މާލޭސިޓީ މޭޔަރ އާއި ރާއްޖޭގެ ގިނަ ރައްޔިތުންގެ މި ކަންބޮޑުވުމަށް އިޙްތިރާމްކުރަންޖެހޭ ކަމަށެވެ. ހަޒަރަތުގެ މައާލިމްތަކާއި ތަރިކަތަކަށް ރައްކާތެރިވާންޖެހޭ ކަމަށް އޭނާ ވިދާޅުވެއެވެ. ޒަރޫރަތެއް ނެތި އެތަންތަން ނައްތާލެވިގެން ނުވާނެ ކަމަށް ވިދާޅުވަމުން އިލްޔާސް ޖަމާލު ވިދާޅުވީ ބަންޑާރަ މިސްކިތުގެ ކަންތަކުގައި ކުރީގެ ތަރިކައާއި ބެހޭ ވަޒީރު ޔުމްނާ މައުމޫނާއި ތާރީހު ދިރާސާ ކުރައްވާ ނާޖިހު ދީދީ އާއި ސޯޝަލް މީޑިއަރ އިންފްލިއެންޒަރ ލޫކަސް ޖަލީލު ފަދަ ބޭފުޅުން ދައްކަވަމުން އެގެންދަވަނީ ބުރަދަން ބޮޑު ހުއްޖަތްތަކެއް ކަމަށެވެ.

    ދީނީ ނަޒަރަކުން ބަލާއިރުވެސް ކައިރިކައިރީ ގިނަ މިސްކިތްތައް އެޅުމަކީ އިސްލާމްދީން ގޮވާލާ ކަމެއްނޫން ކަމަށް ޝައިހު އިލްޔާސް ޖަމާލު ވިދާޅުވިއެވެ. އަމުދުން ކައިރީގައި ބޮޑު މިސްކިތެއް ހުއްޓާ އެތަނުގެ ޖަމާއަތް ކުޑަވާ ގޮތަށް ކައިރީގައި މިސްކިތެއް އެޅުމަކީ މުސްލިމުން ބައިބައިކުރުވުމުގެ އަމަލެއްގެ ގޮތުގައި ފިގުހުވެރިން ސިފަ ކުރައްވާފައިވާ ކަމަށް ޝައިހު ވިދާޅުވިއެވެ. 

    މުގައްދަސް ވަނީ ހަމައެކަނި ދެ ހަރަމްފުޅު ނޫން ކަމަށާއި މި ބިންމަތީގައިވާ ހުރިހާ މިސްކިތްތަކަކީ ވެސް މާތްކުރެއްވި މުގައްދަސް ތަންތަން ކަމަށް ޝައިހު އިލްޔާސް ވިދާޅުވިއެވެ. ޒަރޫރަތަކަށްޓަކައި ދެ ހަރަމްފުޅު ބޮޑުކުރުމަކީ، އެއްވެސް ޒަރޫރަތެއްނެތި ބަންޑާރަ މިސްކިތް ތަޅާލުމަށް އޮތް ހުއްޖަތެއް ނޫން ކަމަށް ޝައިހު އިލްޔާސް ޖަމާލު ވިދާޅުވިއެވެ.

    ]]>
    Sat, 07 Mar 2026 16:45:26 +0500 މުއާޒު
    ރޯދަމަހަ ރޯއްޖާ: ރޯދަ ހަދިޔާ 17 https://heerasnews.com/3946 https://heerasnews.com/3946 ދުވަހުގެ ދުއާ:

    وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ – هود 88

    އަދި ﷲ ގެ ކިބައިން މެނުވީ އަހަރެންނަށް ތައުފީގު ލިބުމެއް ނުވެއެވެ. ހަމައެކަނި އެއިލާހަށް އަހަރެން ވަކީލުކޮށްފީމެވެ. އަދި ހަމައެކަނި އެއިލާހަށް އަހަރެން ތައުބާވަމެވެ.

    ދުވަހުގެ ނަސޭހަތް:

    ﷲ އަށް ޝިރުކު ނުކުރުމަށާއި ވައްކަން ނުކުރުމަށާއި ޒިނޭނުކުރުމަށާއި ދަރިން ނުމެރުމަށާއި ޒިނޭގެ ދަރި ފިރިމީހާއަށް ނިސްބަތް ނުކުރުމަށާއި އަދި އެއްވެސް ހެޔޮކަމެއްގައި އުރެދި ނުގަތުމަށް ރަސުލާއަށް ބައިއަތު ހިފާށެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ހިކުމަތަކީ ހަމައެކަނި މަދަރުސާއަކުން އުނގަންނައިދޭ އެއްޗެއް ނޫނެވެ. އެއީ މުޅި އުމުރު ދުވަހު އެކަމަށް ކުރާ މަސައްކަތުގެ ނަތީޖާއެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:14

    ފަތިސް:   05:03

    މެންދުރު:   12:21

    އަސުރު:   15:32

    މަގުރިބު:   18:21

    އިޝާ:    19:32

    ]]>
    Sat, 07 Mar 2026 15:56:35 +0500 މުއާޒު
    ޝިއުނާއަށް: ލޯގަނޑުން ގަބުރު ފުރަތަމަ ފެންނާނީ މުއިއްޒަށް https://heerasnews.com/3951 https://heerasnews.com/3951 ނުއެކަށޭނަ އަތްގުޅިނުކާވަރަށް ދައުލަތުގެ ހަޒާނާއިން ފައިސާ ދޭތީ ޝިއުނާއަށް ކުރެވޭ ވަރު އަދިވެސް ކުޑައެވެ. އަބަދުވެސް ހުންނަން ޖެހޭނީ ވާދަވެރިންނަށް ކުރުދޮށިން ދީދީއެވެ.

    އިންޑިއާގެ ޕްރަދާނަ މަންތިރީ ސްރީ ނަރަންދުރަ މޯދީ އަށާއި އިންޑިއާ އަށް ހެނުބަހައްޓާ ވިއްދާލައިގެން އުޅުނު މަންޒަރުވެސް ދުށީމެވެ. ޝީއުނާމެންގެ އެވިއްދާލުމުގެ ސަބަބުން އިންޑިޢާއިން ރާއްޖެ ބޮއިކޮޓްކޮށް ރާއްޖޭގެ އިގްތިސޯދަށް އެތައް މިލިޔަން ޑޮލަރެއް ގެއްލުވާލީ ވެސް ތިޔަ ފާޑަށް ކުކުޅަށް ވުރެ ބިސް ދޮށިވެގެން އުޅުމުންނެވެ. 

    ބަންދާރަ މިސްކިތް ތަލާލުމާ ދެކޮޅަށް އެތައް ބަޔަކު ބަސްބުނާން ފެށުމުން މަހާނަމައްޗޭ ނުކިޔާށެވެ. ކާބަފައިންގެ މަހާނައޭ ގަބުރޭ މޫނުބަލާ ލޯގަނޑޭ ކިޔައިގެން އޮޅުވާން ތިޔައުޅެނީ ކާކަށް ކޮން އެއްޗެއް ހެއްޔެވެ. 

    މާލޭގައި މީހުން ވަޅުލާފައިވާ ގަބުރުސްތާނުތަކުން ގަބުރު ނަގާ އެތަންތަން އެހެން ބޭނުންތަކަށް ބޭނުންކުރަނީކީ މިހާރަކު އެކަންޏެއް ނޫނެވެ. ނޭގެންނާ އެނގޭ މީހުން ކުރެން އަހާށެވެެ. މޭޔަރ އާދަމް އާޒިމަށް މީހުންކުރާ ތާއީދު ގެއްލޭނެކަމަށް ތިޔަ ގޮވެނީ ގުދޯގުދޯއެވެ. 

    ހެންވޭރު ދިއްލީ މިސްކިތާއި ގަލޮޅު ބިހުރޯޒު ކަމަނާ މިސްކިތާއި މާފަންނު ފަނޑިޔާރު މިސްކިތާއި މާފަންނު ފައިފުހޭ މިސްކިތްފަދަ މިސްތަކުގެ ވަށައިގެން އޮތް ގަބުރުސްތާނުތައް މިހާރު ކޮބައިހެއްޔެވެ. އެމިސްކިތަތަކުގެ ވަށައިގެން މިހާރު އެހުރިހާ ގެތައް އަޅާފައި އެހުރީ ގަބުރުސްތާނު ހުސްކޮށްގެން ނޫންހެއްޔެވެ.

    މައްޗަށްގޮޅީ ސަހަރާގެ އިރު ދެކުނު ކަނުން ގަބުރުތައް ނަގާ މައިޒާން ހެދާ، މައްޗަންގޮޅީ ސަހަރާއާއި ހެންވޭރު ސަހަރާ އޮތް ފުޅާ މިނުގައި އެ ދެ ސަހަރާގެ ހުޅަގުން ބައެއް ހުސްކޮށް ޕާކިން ޒޯނު ހެދީ ކޮންވެރި ކަމެއްގައި ކޮންބައެއް ހެއްޔެވެ. މާފަންނު ސަހަރާގެ ހުޅަގު ދެކުނު ކަނުން ބައެއް ޕާކިންގއަށް ހުސްކޮށްފައިވަނީ އަޅެ ކޮންވެރިކަމެއްގައި ކޮން ބައެއް ހެއްޔެވެ.

    ޝިއުނާމެން މަތިހަށި ނަގައިގެން އެވަރެއް ނެތިގެން އުޅުނު ޔާމީނު ވެރިކަމުގައި ސަހަރާތަކުގައި ޕާކިން ޒޯނު ހެދިކަން ހަނދާނެއް ނެތްދޯއެވެ. އެމީހަކަށް ޖާނުން ފިދާވާން ތައްޔާރަށް މިހާރު ހުރިކަމަށް ބެލެވޭ މުއިއްޒު އޭރު ހުރީ ޔާމީނުގެ ބިނާރާބެހޭ ވަޒީރުކަމުގައި ކަންވެސް ހަޑަން ނެތޭހާ ހަނދާން ބަލިވީހެއްޔެވެ. 

    މާލޭގެ ސަހަރާތައް ހުސްކުރަން ފަތުވާކޮމެޓީއަށް ހުށަހަޅައިގެން ސަހަރާތައް ހުސްކުރަން އުޅުނީ ކާކުގެ މޭޔަރ ކަމެއްގައި ކާކު ހެއްޔެވެ. މުއިއްޒުގެ މޭޔަރުކަމުގައި މުއިއްޒުވެގެން މާފަންނު ގަބުރުސްތާން ހުސްނުވެ އޮތުމުން މޭޔަރ އާދަމް އާޒިމް އެކަން ކުރުމުން މަހާނަ މައްޗަށް މަޑިއަށް ޖެހެން ނުހަދާށެވެ. ކާބަފައިންގެ މަހާނަތައް ނަގާ އުކާލައިގެން ލޯގަނޑުން ފެންނަ ގަބުރުސްތާނެއް އެންމެ ފުރަތަމަ ފެންނާނީ މުއިއްޒަށެވެ. 

    ]]>
    Sat, 07 Mar 2026 15:47:25 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 16 https://heerasnews.com/3945 https://heerasnews.com/3945 ދުވަހުގެ ދުއާ:

    رَبِّ اجْعَلْنِي مُقِيمَ الصَّلاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ -إبراهيم 40

    އަޅުގެ ރައްބު! އަޅާއީ، ނަމާދު ގާއިމްކޮށްއުޅޭ މީހެއްކަމުގައިލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ރައްބު! އަދި އަޅުގެ ދުއާ ގަބޫލުކުރައްވާނދޭވެ!

    ދުވަހުގެ ނަސޭހަތް: 

    ﷲ ތައާލާ ވުޖޫދުގައިވާކަމާއި އެއިލާހީ އާލަމްތައް ހަލްގުކުރެއްވި އިލާހުކަމާއި މީސްތަކުންގެ ކަންތައްތަކާއި ކައުނުގެ ކަންތައްތައް ތަދުބީރުކައްވަނީ އެއިލާހުކަމަށް އިގުރާރުވުމަކުން މުސްލިމަކަށް ނުވާނެއެވެ. މުސްލިމަކަށް ވާނީ ﷲ ފިޔަވާ އަޅުކަން ހައްގުވާ އެހެން ފަރާތެއް ނުވާކަމަށް އީމާންވެ އަދި އެއިލާހަށް ޝަރީކުނުކޮށް ހާލިސްކަމާއެކު އަޅުކަން ކުރުމުންނެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ސައިންސަކީ ތަރުތީބުކުރެވިފައިވާ އިލްމެވެ. ހިކުމަތަކީ ތަރުތީބުކުރެވިފައިވާ ދިރިއުޅުމެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:14

    ފަތިސް:   05:03

    މެންދުރު:   12:21

    އަސުރު:   15:33

    މަގުރިބު:   18:21

    އިޝާ:    19:32

    ]]>
    Fri, 06 Mar 2026 17:22:14 +0500 މުއާޒު
    ޑރ. ޝަހީމަށް: ބޭނުންހާ ގޮތެއްނުހަދާ ބަންޑާރަ މިސްކިތް ހިމާޔަތްކުރޭ! https://heerasnews.com/3944 https://heerasnews.com/3944 ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ލިސްޓްގައި ބަންޑާރަ މިސްކިތް ނެތުމަކީ ރާއްޖޭގެ ތާރީހީ ތަރިކައަކަށް ބަންޑާރަ މިސްކިތް ނުވާންވީ ސަބަބެއް ނޫނެވެ. ދުވަސްކޮޅަކަށް އިސްލާމީ ވުޒާރާގެ ވަޒީރަކަން ކުރާހާ މީހަކު ބޭނުންވާހާ ގޮތަކަށް މިސްކިތައް ތަޅާއަޅަމަކުން ނުދެވޭނެއެވެ. ޑރ. ޝަހީމަށް ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރަކަށް ނުވިޔަސް ބަންޑާރަ މިސްކިތް ތަޅާލާކަށް އުޅޭނެ ކަމެއް ނެތެވެ.

    އާސާރީ މިސްކިތުގެ ލިސްޓުގައި ނެތް ކޮންމެ މިސްކިތެއް ތަޅާލުމުގެ ބާރު ޑރ. ޝަހީމަށް ލިބުނީ ކޮން ހަމައަކުން ހެއްޔެވެ. އަސާރީ މިސްކިތުގެ ލިސްޓްގައި އިސްލާމީ މަރުކަޒެއްވެސް ނުއޮންނާނެއެވެ. އެހެނެކޭ ކިޔާ ޑރ. ޝަހީމު ބޭނުންވުމުން އިސްލާމީ މަރުކަޒުވެސް ތަޅާލަން ވީހެއްޔެވެ. 

    ކިތަންމެ ބޮޑު މިސްކިތެއް އަޅަންވިޔަސް ބަންޑާރަ މިސްކިތް ތަޅާލައިގެން ނުވާނެއެވެ. ބަންޑާރަ މިސްކިތަކީ ރާއްޖޭގެ ވިޔަފާރިޢާއި އިގުތިސޯދީ ތާރީހާ ގުޅިފައިވާ ރަމްޒެކެވެ. މަޝްހޫރު ބުމްބާ މިސްކިތެވެ. ރާއްޖޭގެ ވިޔަފާރިއާ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ބަންޑާރަ މިސްކިތް ވަނީ ގުޅިފައެވެ.

    ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ގުޅިގެން މާލޭ ހުޅަނގު ދެކުނު ފަރާތުގައި ވިޔަފާރި ވެރިންގެ މިސްކިތްއެޅީ އެ ⁹މީހުން އެންމެ ގިނައިން އަރާ ބަންޑާރަ މިސްކިތް އެތާނގެ ގޮތުގައި ބެހެއްޓުމަށެވެ. އެހެން ނޫންނަމަ އެފަހަރު ވިޔަފާރިވެރިންގެ މިސްކިތް ބިނާ ކުރީހީ ބަންޑާރަ މިސްކިތް ތަޅާލާފައި އެތާނގައެވެ. މަވެތިކަން ބޮޑުކަމުން ޑރ. ޝަހީމު ކަމެއް ކުރުމުގައި އެކޮޅު މިކޮޅު ބަލައެއް ލަނީއެއް ނޫނެވެ.   

    ތާރީހީ ތަކެއްޗާއި ކަންކަން ދިރުވާ އާލާކުރުމަށް ލޯބިކުރައްވާ ދިރާސާ ވެރިއެއްކަމުގައިވާ ޝަމްއޫނު ޖަލީލު ވެސް ވިދާޅުވާގޮތުގައި ބަންޑާރަ މިސްކިތަކީ ރާއްޖޭގެ ވިޔަފާރިއާ ސިޔާސީ ތާރީހާ ގުޅިފައި އޮތް ތަރިކައެކެވެ. މުލީއާގެ އަކީވެސް ތާރީހީ ތަރިކައަކަށް ވާ ފަދައިން ބަންޑާރަ މިސްކިތަކީވެސް ތަރިކައެކެވެ. ޑރ. ޝަހީމް ބޭނުންވާހާ ގޮތަކަށް ރައުޔު ނެރެގެން ބަންޑާރަ މިސްކިތް ތަލާލަން އުޅުމާ ދެކޮޅަށް ނިކުންނަވާނެ ކަމަށްވެސް ޝަމްއޫނު ވިދާޅުވެއެވެ.

    އަނެއްކޮޅުން ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ މިޒަމާނުގެ ތާރީހީ އިލްމުވެރިއެއް ކަމުގައިވާ ނާޖިހު ދީދީވެސް ބަންޑާރަ މިސްކިތް ތަޅާލުމާ ވަނީ ދެކޮޅު ހައްދަވާފައެވެ. "މިއީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން! ދިވެހިރާއްޖޭގެ ހާއްސަ ތާރީހީ ކަމަކާ ގުޅުން ހުރި އަދި މިހާރު 98 އަހަރުވެފައިވާ މިފަދަ ތަނެއް ނައްތާލުމަކީ ތާރީހަށް ދެވޭނެ އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް ކަމަށް ނާޖިހު ދީދީ ވިދާޅުވެއެވެ.

    ނާޖިހު ދީދީ ވިދާޅުވާ ގޮތުގައި ބަންޑާރަ މިސްކިތް ތަޅާލުމަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ހަދާފައިވާ ގާނޫނާ ވެސް ޚިލާފުކަމެކެވެ. ބަންޑާރަ މިސްކިތް ތަޅާނުލުމަށް އިސްލާމިކް މިނިސްޓްރީއަށް ނާޖިހު ދީދީ ވަނީ ގޮވާލައްވާފައެވެ. ތަރިކައާ ބެހޭ ވުޒާރާއިން އެކަން ހުއްޓުވުމަށްވެސް އެ ވުޒާރާއަށް ނާޖިހު ދީދީ ގޮވާލައްވައެވެ.

    ]]>
    Fri, 06 Mar 2026 16:23:02 +0500 މުއާޒު
    ވެރިކަމާހެދި އުޅެއުޅެ ތިއްބާ ގައުމު ސުންނާފަތިވަނީ https://heerasnews.com/3943 https://heerasnews.com/3943 ޖެޓްފިއުލް ނުވަތަ މަތިންދާބޯޓު ދުއްވާ ތެލުގެއަގު ދުނިޔޭގައި މިހާރު %71 އުފުލިއްޖެއެވެ. ތެލުގެ އަގު ބޮޑުވުމުން ފްލައިޓް ޓިކެޓް އަގުތައް އުފުލިގެންދާނެއެވެ. އޭރުން ފަތުރުވެރިންނާއި ދަތުރުވެރިން މަދުވާނެއެވެ. 

    ޔޫރަޕާއި ދުރު އިރުމައްޗާއި އެތަން މިތަނުން ފަތުއަޑު ކިޔާފައި ފްލައީޓްތައް އެދަނީ ކެންސަލް ކުރަމުންނެވެ. އެންމެ އަވަހަށް އެންމެ ބާރަށް އެންމެ ބޮޑަށް އޭގެ ނުބައި އަސަރު ކުރާނީ ރާއްޖެއަށެވެ، ފަތުރުވެރިކަމަށް ބަރޯސާވެގެން ހިނގާ ގައުމަކަށް ވީތީއެވެ. އެންމެ އަވަހަށް އަސަރުކުރާނީ އާއްމު ރައްޔިތުންނަށެވެ. ދެރަވަރު މީހުންނަށެވެ. ފަގީރުންނަށެވެ.

    އަމްދުން އަންނަ އެޕްރީލް މަހަކީ ހަނގުރާމައެއްގެ އަސަރު ނެތް ނަމަވެސް ރާއްޖޭގެ ރިޒާވް ކަބޯތަކެތި ނުގަނެވޭ ވަރަށް ދަށްވެގެން ދާނެ މަހެކެވެ. 500 މިލިޔަން ޑޮލަރަށްވުރެ ބޮޑަށް ދަރަނި ދައްކަންޖެހޭ މަހެކެވެ. އެހާލަތުގައި ގައުމު އޮއްވާ ހަނގުރާމައެއް ފެށި ފަތުރުވެރިކަމަށް ލޮޅުން އެރުމުން ރާއްޖެއަށް ވާނެގޮތް ހިތަށް އަރުވާލަ ބަލާށެވެ. 

    މާތް ކަލަކޯއެވެ. ވެރިކަމެއް ކުރެވޭނީ ގައުމެއް އޮވެގެންނެވެ. ވެރިކަމާ ދެއިންތިހާބު އެއްކުރަން ސައްލާކުރަން ތިއްބާ ގައުމު އަވަދި ވެދާނެއެވެ. ދުނިޔޭގެ ބޮޑުބާރެއް ނިކުމެ ގައުމެއް ފަނާކޮށްލަން ދިމާކޮށްފައިވާ ދަނޑިވަޅެއްގައި ގައިކޮޅު ގައިދުރު ކިޔައިގެން ސިޔާސީ ހަރަކާތް ހިންގާކަށް ތިބެވޭކަށް ނެތެވެ. 

    ވަގުތަކީ ވެރިކަމާ ބަގުޑި ބައްދަންވީ ވަގުތެއް ނޫނެވެ. ސިޔާސީ ގޮތުން ގަދައީ ކާކުތޯ ބަލަންވީ ވަގުތެއް ނޫނެވެ. އިންތިހާބު ބާއްވާ ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެންވީ ވަގުތެއް ނޫނެވެ.

    މިވަގުތަކީ ދައުލަތުގެ ހޭދަތައް ބޮޑުތަނުން ކުޑަކުރަންޖެހޭ ވަގުތެކެވެ. ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް މަދުކޮށް އެތަންތަނަށް ކުރާހޭދަ ހުއްޓާލަންވީ ވަގުތެވެ. ދުނިޔޭގެ ކަންކޮޅުގައި ހުރި ސިޔާސީ އެމްބަސީތައް ބަންދުކޮށް ސަފީރުން ގައުމަށް ގެންނަންވީ ވަގުތެވެ. ގައުމީ އެއްބައިވަންތަކަން ކުރިއަށް ނެރެ ގައުމާ ރައްޔިތުންގެ އެންމެންގެ ބައިވެރިވުން ހޯދައިގެން ސަލާމަތާއި ދިރި ތިބުމަށް އިސްކަން ދޭންވީ ވަގުތެވެ. ސިޔާސީ ކުޅިވަރުގައި ތިއްބާ ގައުމު އަވަދިވެދާނެއެވެ.

    ]]>
    Fri, 06 Mar 2026 15:01:22 +0500 މުއާޒު
    ރާއްޖޭގެ ލީޑަރޝިޕްގެ ކޮލިޓީ ވެއްޓިއްޖެ https://heerasnews.com/3941 https://heerasnews.com/3941 އެމެރިކާއާއި އިޒްރާއީލް ގުޅިގެން ހިންގި އުދުވާނެއްގައި އީރާންގެ ރޫހާނީ ލީޑަރ ސައްޔިދު އަލީ ހާމަނާއީ އަވަހާރަކޮށްލުމުން ސްރީލަންކާގައި ތައުޒިޔާގެ ދަފުތަރެއް ބާއްވައި ޑިޕްލޮމެސީގެ އާދަކާދައިގެ ތެރެއިން އެ ދަފުތަރުގައި ގައުމުގެ އިސްފަރާތްތައް ތައުޒިޔާ ވިދާޅުވެ ސޮއި ކުރެއްވުން އޮތެވެ. ލަންކާގެ ފޮޓޯތަކުގައި އެ ފެންނަނީ އެގައުމުގެ ހާރިޖީ ވަޒީރު، ވިޖިތަ ހެރަތްއާއި އިދިކޮޅު ލީޑަރ، ސަޖިތް ޕްރެމަދާސާގެ ދެބޭފުޅުން އެކުގައި ވަޑައިގެން ތަޢުޒިޔާ ވިދާޅުވާ މަންޒަރެވެ.

    ޕާކިސްތާނުގެ ފޮޓޯގައި އެގައުމު ސެނޭޓަރ، މުހައްމަދު އިޝާގު ދަރު އަދި ބޮޑުވަޒީރުގެ ނާއިބުއާއި ހާރިޖީ ވަޒީރު، ތައުޒިޔާ ވިދާޅުވެ ލިޔުމުގައި ސޮއި ކުރެއްވުމަށް ވަޑައިގެން ތިއްބެވި މަންޒަރުތަކެވެ.

    ރާއްޖެއިން ފެންނަނީ ބައިނަލްއަގުވާމީ ގުޅުންތަކުން ވަރަށް ބޮޑަށް ފެއިލްވެ، ވަކިބަޔަކަށް ބައިއަތު ހިފުމުގެ ކޮޅެއް ނަގައި، ރާއްޖެ ދަމަހައްޓަމުންދިޔަ ހަމަހަމަކަމުގެ އިމުން ބޭރުވެފެފައިވާ މަންޒަރެވެ. 

    މިޒާތުގެ ކަންކަމުގައި ރާއްޖޭގެ ލީޑަރޝިޕްގެ ކޮލިޓީ ވެއްޓި، ރައީސުލްޖުމްހޫރިއްޔާގެ ޝަހުސިއްޔަތު އެހާ ބަލަކަށިކޮށް ފެނިގެން ދިޔުމުގެ ސަބަބާ މެދު ގިނަ ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުން އޮންނާނެއެވެ.

    އެޑިޓރގެ ނޯޓް: މިލިޔުމަކީ އަހުމަދު ސައީދު އޭނާގެ ފޭސްބުކް އޮޅީގައި ލިޔުއްވާފައިވާ ލިޔުއްވުމުގެ ނަކަލެކެވެ. ލިއުއްވުމުގައިހުރި ތިކިޖެހި ތާނައިގެ ލަފްޒުތަކާއި އަރަބި ލަފްޒުތައް މައްދިވެއްސަށް ބަދަލުކުރެވިފައިވެއެވެ. 

    ]]>
    Fri, 06 Mar 2026 01:32:46 +0500 މުއާޒު
    އީރާން ބައިބައި ކުރެވޭގޮތެއް ނުވި https://heerasnews.com/3940 https://heerasnews.com/3940
    އީރާން ތަފާތެވެ.! އާޔަތުއްލާ އަލީ ހާމަނާއީ އަވަހާރަކޮށްލުމުން އީރާންގެ ގިނަ ރައްޔިތުންނަށް ލިބުނީ ހިތާމައެވެ. އުފާފާޅު ކުރުމެއް ނެތެވެ. މަގުތަކަށް ނިކުތީ ކަރުނައިން ފޯވެފައިވާ ލޯތަކަކާއި ގެންނެވެ. މިވީ ކިހިނެތްބާއެވެ! ސަބަބަކީ އީރާންގެ ލީޑަރޝިޕްއާ ރައްޔިތުންގެ ހިތްތަކާ ގުޅިފައިވުމެވެ.
    ދުނިޔެއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ތިބެ 47 އަހަރު ވީއިރުވެސް އީރާނުގެ ވެރިކަމަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯބި ފަނޑުކޮށެއް ނުލެވުނެވެ. އީރާނުގެ ބަޔަކަށް އިޒްރާއީލުގެ ޖާސޫސީ އިދާރާ މުސާދުން ރިޝްވަތުދީގެންވެސް އީރާން ބައިބައި ކުރެވޭގޮތެއް ނުވިއެވެ.
    މިކަމާ ހެދި އީރާންއަށް ބޮންއަޅައި އެ އިލްމީ ހަޒާރަތު ސުއްނާފަތިކޮށްލުން ނޫން ގޮތެއް ބައިނަލްއަގުވާމީ ދެ ގާތިލުން ކަމުގައިވާ އެމެރިކާއަށާއި އިޒްރާއީލަކަށް ނެތެވެ. އެކުރަނީ އެ މަސައްކަތެވެ.
    ނަމަވެސް ގާތިލުން އެމީހުންގެ ނުބައި ޕްލޭންތައް ރާވަމުންދާއިރު، އައްލާހު ސ.ވ ގެ އެހެން ޕްލޭނެއް ވާނެއެވެ. އަހަރެމެންނަށް ނޭނގެނީ އެ އިލާޙުގެ ޕްލޭނަށް ކަންކަން ބަދަލުވެގެން ހިނގައިދާނެ ގޮތަކާއި ވަގުތެވެ.
    އެޑިޓރގެ ނޯޓް: މިލިޔުމަކީ އަހުމަދު ސައީދު އޭނާގެ ފޭސްބުކް އޮޅީގައި ލިޔުއްވާފައިވާ ލިޔުއްވުމުގެ ނަކަލެކެވެ. ލިއުއްވުމުގައިހުރި ތިކިޖެހި ތާނައިގެ ލަފްޒުތަކާއި އަރަބި ލަފްޒުތައް މައްދިވެއްސަށް ބަދަލުކުރެވިފައިވެއެވެ. 
    ]]>
    Thu, 05 Mar 2026 17:57:09 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 15 https://heerasnews.com/3938 https://heerasnews.com/3938 ދުވަހުގެ ދުއާ:

    رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُنْ مِنَ الْخَاسِرِينَ – هود 47

    އަޅުގެ ރައްބު! ހަމަކަށަވަރުން، ތިމަން އަޅާއަށް، އެކަމަކާމެދު އެނގުމެއްނުވާކަމަކަށް، އިބައިލާހުގެ ހަޒުރަތަށް އެދި ދެންނެވުމުން، ތިމަންއަޅާ ސަލާމަތްކުރެއްވުންއެދި، އިބައިލާހުގެ ހަޒުރަތުން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. އިބައިލާހު ތިމަން އަޅާޔަށް ފާފަ ނުފުއްސަވާނަމަ، އަދި ރަހުމަތް ނުލައްވާނަމަ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިން ތިމަންއަޅާ ވެދާހުށްޓެވެ.

    ދުވަހުގެ ނަސޭހަތް: 

    ގަޔަށް ބާރު ހެދުން ލާފައި، ބޮލުގައި ފޮތިގަނޑެއް އޮޅުމަކުން އިސްލާމީ ހިޖާބުން ނިވާވިކަމަކަށް ނުވާނެއެވެ. އެހެނީ ބުރުގާ އެޅުކަމީ ފެޝަނެއް ނޫނެވެ. އެކަންވާންޖެހޭނީ ﷲ ތައާލާގެ އަމުރުފުޅަށް ކިޔަމަންވުމުގެ ގޮތުން ކުރާކަމަކަށެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ޝިރުކުގެ ނަޖިސްކަން އަޅުކަމުގެ ތެރެއަށް ވަދެއްޖެނަމަ އެއަޅުކަމެއް ފަސާދަވެއެވެ. 

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:15

    ފަތިސް:   05:03

    މެންދުރު:   12:22

    އަސުރު:   15:34

    މަގުރިބު:   18:21

    އިޝާ:    19:33

    ]]>
    Thu, 05 Mar 2026 16:43:47 +0500 މުއާޒު
    ރާއްޖޭގައި މިހާރު މިއޮތީ ބަތްކައްކާކުޅޭ ސަރުކާރެއް https://heerasnews.com/3937 https://heerasnews.com/3937 ހައުސިންގ މިނިސްޓްރީން މި މަހުގެ ދެވަނަ ދުވަހު ގެެޒެޓު ކުރި އިއުލާނުގައި ވަނީ ހާއްސަ އިސްކަންދޭ ކެޓަގަރީތަކުގައި ހިމެނޭ  23 އިދާރާއެއްގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ކޮށްފައިވާ 1،000 ފްލެޓު ދޫކުރާނެ ޝަރުތުތައް ވަނީ އާންމުކޮށްފައެވެ.

    ކަނޑައެޅިފައިވާ 23 ދާއިރާގެ އިދާރާއެއްގައި މެދުނުކެނޑި މަސައްކަތްކުރާތާ އެއް އަހަރު ވެފައިވާ ނަމަ އާއިލީ ބޯހިޔާވަހި ކަމުގެ ފްލެޓަށް ޝަރުތު ހަމަވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައި އޮތެވެ. އުސޫލު ކަނޑައަޅާ އިއުލާނުކުރިތާ ދެ ދުވަސް ފަހުން ދާއިރާގައި މަސައްކަތްކުރާ މުއްދަތަކީ ފަސް އަހަރު ކަމަށް ކަނޑައަޅާ އުސޫލު ވަނީ ބަދަލުކޮށްފައެވެ. 

    އަޅެފަހެ ރާއްޖޭގައި މިހާރު މިއޮތީ ބަތްކައްކާކުޅޭ ސަރުކާރެއް ހެއްޔެވެ. އުސޫލާ ހަމަތައް ހެދުމުގައި ހަމައެއް ލަމައެއް ދުރުވިސްނުމެއް ނެތެވެ. ކުއްލި ކުއްލިއަށް ހިތުހުރި ބަދަލެއް ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކަށް ގެނައުމަކީ އާދައަކަށް ހަދައިފިއެވެ. އެޔެއް މިޔެއް މީހުނަށް ނޭނގޭ ވަރަށް ހަމަލަމަ ބަދަލު ކުރަނީ ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ކަންކަން ހާސިލުކުރުމަށެވެ. ވަކި ބަޔަކަށް ނަހަމަ ފައިދާ ހޯދާދިނުމަށެވެ. 

    އިހުލާސްތެރި ނިޔަތެއްގައި ހާލަތު ވަޒަން ކޮށްގެން ކުރާ ކަންކަމުގައި ކުއްލިކުއްލިއަށް އުސޫލު ބަދަލު ކުރާކަށް ނުޖެހޭނެއެވެ. ޝަރުތު ހަމަވާ މުއްދަތު އެއް އަހަރު ކަމަށް ކަނޑައެޅީ ސިޔާސީ މުވައްޒަފުންނަށް ފްލެޓު ދިނުމަށް ކަމަށް ބުނެ އަޑުތައް ފެތުރެމުންދާތީ އެ މުއްދަތު ފަސް އަހަރަށް ބަދަލުކުރަން ނިންމުމަކީ ހަމައެއް ލަމައެއް ނެތްކަން ދަލީލުކުރާ ކަމެކެވެ.

    އިދާރާތަކުގައި އުޅޭ ގާބިލު މުވައްޒަފުން އެ ތަންތަނުގައި ދިގު މުއްދަތަކަށް ބޭތިއްބުމުގެ މަގްސަދުގައި ފްލެޓްދީގެން ބްލެކް މޭލުކުރާ ވިސްނުމަކީ ސަރުކާރުގެ ނިޔަތުގެ ގޯސްކަމެވެ. މުއައްޒަފުން ދިގުމުއްދަތުގައި ހިދުމަތުގައި ދެމިތިބޭނީ ރަނަގަޅު މަސައްކަތު ވެއްޓެއް ގާއިމުކޮށްދީ އެކަށީގެންވާ މުސާރައާއި އިނާޔަތާއި ދީގެންނެވެ. ފްލެޓް ދީގެނެއް ނޫނެވެ.  

    ]]>
    Thu, 05 Mar 2026 16:09:21 +0500 މުއާޒު
    ރާއްޖެ ތެލަށްޖެހި ކަރަންޓާ ދަތުރު ފަތުރު ހުއްޓުމުގެ ބިރުބޮޑު https://heerasnews.com/3936 https://heerasnews.com/3936 ރާއްޖޭގައި ރައްކާކުރެވެން އޮތް އެންމެ ގިނަ އަދަދަށް ތެޔޮ ރައްކާކުރެވިފައި ހުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވީ މިމަހު 2 ވަނަ ދުވަހުއެވެ. ފެބްރުއަރީ 28 ގައި ތެޔޮ ބޯޓެއް ބަރާކޮށްގެން ރާއްޖެއަންނަން ފުރާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. " ނިއަރލީ މަންތަކަށް ވާވަރަށް މިވަގުތުވެސް ފިއުލް ސްޓޮކް ކުރެވިފައި އެބަހުރި" ކަމަށް ނޫސްވެރިންގާތުގައި ރައީސް އެދުވަހު ވިދާޅުވިއެވެ. 

    ތެލުގެ ދަތިކަމެއް ނެތްކަމަށް ރައީސް ވިދާޅުވިތާ ދެދުވަސް ފަހުން އެސްޓީއޯއިން ރާއްޖޭގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ. އަގު ބޮޑު މިކުރީ ހެޔޮ އަގުގައި ކުރިން ގަނެގެން ގެނެސް ސްޓޮކްކޮށްފާހުރި ތެލެވެ. އަގު ބޮޑު މިކުރީ މަހަކަށް ވާވަރަށް ފައްލަވަ ކުރެވިފައި ރާއްޖޭގައި ތެޔޮ ހުއްޓައެވެ. އަދި އޮމާނުން ތެޔޮ ޝިޕްމެންޓެއް އައިސް އައި އޮއްވައެވެ.

    އީރާން ހަނގުރާމަ ފެށި ފަހުން ގަންނަން ލިބޭ ތެޔޮ ސަހަލު އަގެއްގައި ގަންނަން ނުލިބޭނެކަން ސްޓޮކްގައި ހުރި ތެލުގެ އަގު ބޮޑުކޮށްލުމުން ވަރަށް ސާފެވެ. ރައީސް ކޮންމެ ވާހަކައެއް ދެއްކެވިޔަސް އީރާން ހަނގުރާމަ ދިގުނުލާ ހުއްޓުނު ކަމުގައިވިޔަސް  ރާއްޖޭގައި ތެލާއި ގޭހަށް ޖެހުން ކަރިއެވެ. 

    ދުނިޔޭގެ ކަންކަން ހަމަ މަގުގައި ހިނގަމުން ދިޔައިރުވެސް ވަމުން ނުވަމުންދާ މުއިއްޒު ސަރުކާރަށް ކްރައިސިސް މެނޭޖު ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ކުރިއަށް ވުރެ ގިނައިން ގެސްޓުން އައިސް، ފުރާމީހުންގެ ޗާޖާއި އެއަރޕޯޓް ޗާޖްތައް އިންތިހާއަށް ބޮޑުކޮށް، ގްރީން ޓެކްސް ބޮޑުކޮށް، ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކާއި ގެސްޓް ހައުސްތަކުން ޑޮލަރު މާރު ކުރުވައިގެންވެސް ޑޮލަރުގެ އަގުތިރި ނުކުރެވުނު ސަރުކާރަކަށް ކްރައިސިސް މެނޭޖުކުރެވޭނީ ކިހިނެއްހެއްޔެވެ. 

    ޑޮލަރުގެ އަގު ތިރިނުވެގެން މުޅި ބާޒާރުގައި މުދަލުގެ އަގު ބޮޑުވޭވޭ ހުއްޓާ ހުޅަނގު އޭސިޔާގައި ވަރުގަދަ ހަނގުރާމައެއް ހިނގަން ފެށުމުން އަމިއްލައަށް ދަތްކޮއްޓިއެއްވެސް ނުއުފައްދާ ރާއްޖެއަށް ވާނެ ގޮތް ހިތައް އަރުވާލާށެވެ. އާއްމު ހާލަތުގައިވެސް ބިލްތަކަށް ފައިސާ ނުދެއްކިގެންނާއި އެނޫންވެސް ބައެއް ސަބަބުތަކާ ހުރެ ސްޓެލްކޯއާއި ފެނަކަ ތެލަށްޖެހި ކަރަންޓް ނުދެވޭ ހާލަތަށް ދަނީ މަދެއްކޮށް ނޫނެވެ. 

    އީރާނު ހަނގުރާމަ ދިގުލާނަމަ ރާއްޖޭގައި ތެލަށްޖެހި ދަތުރު ފަތުރު ހުއްޓި ކަރަންޓް ކެނޑި މާލެ ފަދަ ތަންތަނުގައި ފެންލިބުން ހުއްޓުމަކަށް ދިޔުމުގެ ބިރު ބޮޑެވެ. ހާލުގައި ޖެހުމުގެ ކުރިން ސަރުކާރުގެ އިސްރާފް ކުޑަކޮށް ހަރަދުތައް ކުޑަކުރަން އުޅޭތީއެއް ވެސް ނުފެނެއެވެ.  

    ]]>
    Thu, 05 Mar 2026 13:56:48 +0500 މުއާޒު
    ޔޫއޭއިން އީރާނާ ދެކޮޅަށް އެއްބާރުލުމެއް ނުދޭނެ https://heerasnews.com/3935 https://heerasnews.com/3935 ޔޫއޭއީ ފޮރިން މިނިސްޓްރީން ބުނެފައި ވާގޮތުގައި އީރާނާ ދެކޮޅަށް އެޤައުމުން ހަމަލާއެއް ނުދޭނެއެވެ. އިރާނާ ދެކޮޅަށް ހަމަލާ ދިނުމުގައި ބައިވެރި ނުވާ ކަމަށްވެސް ޔޫއޭއިން ބުނެއެވެ. 

    އީރާނާއި ދެކޮޅަށް ހަމަލާ ދިނުމަށް ޔޫއޭއީގެ ކަނޑާއި ވައިގެ ސަރަހައްދު ބޭނުން ކުރުންވެސް މަނާކޮށްފައިވާ ކަމަށާއި އީރާނާއި ދެކޮޅަށް ހަމަލާދޭ ފަރާތްތަކަށް އެއްވެސް ލޮޖިސްޓިކް ސަޕޯޓެއްވެސް ނުދޭނެ ކަމަށް ޔޫއޭއީ ބުނެއެވެ. 

    ޔޫއޭއީ އިން އެހެން ބުނީ ޔޫއޭއީގައި ހުންނަ އެމެރިކާގެ އަސްކަރީބޭހާއި ވައިގެ ދިފާއީ ނިޒާމުތަކާއި ރާޑަރުތައް އީރާނުން ހަމަލާދީ މުޅިން ސުންނާފަތިކޮށްލައި ފައިވަނިކޮށެވެ. އަދި އެމެރިކާ ސިފައިން ތިބި ހޮޓަލަކަށްވެސް އީރާނުން ހަމަލާދީފައި ވަނިކޮށެވެ.

    އީރާނުގެ  ހަމަލާތަކުގެ ސަބަބުން ޔޫއޭއީއަށް  ދެދުވަހުގެ ތެރޭގައި ލިބުނު ގެއްލުން 2 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ރަސްމީ އިދާރާތަކުން މައުލޫމާތުދެއެވެ. 

    ]]>
    Wed, 04 Mar 2026 19:41:04 +0500 މުއާޒު
    މިނސްޓަރ މުއްތޮލިބަށް: ގާނޫނަކުން ކުއްޔަށް ދިނުމެއް ނުހުއްޓުވޭނެ! https://heerasnews.com/3934 https://heerasnews.com/3934 ސޯޝަލް ހައުސިންގ ގެ ގޮތުގައި ދީފައިވާ ހުރިހާ ފްލެޓްތައް ދިނީ ދިރިއުޅުމަށެވެ. ސިނަމާލެ އިން ފެށިގެން ހިޔާ ފްލެޓްތަކާއި އަމާން ފްލެޓްތައް ވެސް ދެނީ ދިރިއުޅޭށެވެ. އެހެން ނަމަވެސް ސޯޝަލް ހައުސިންގެ ގޮތުގައި ފްލެޓް ލިބިފައިވާ ކިތަންމެ ބަޔަކު އެމީހުންގެ ފްލެޓްތައް ހުރީ ކުއްޔަށް ދީފައެވެ. 

    ޒަމާނުއްސުރެ މާލެއިންނާއި ވިލިގިލިންނާއި ގޯތި ހިލޭ ދިނީވެސް ދިރިއުޅޭށެވެ. މިފަހުން މާލެ ސަރަހައްދުން ހިލޭ ދޫކުރި ގޯތިތައް ދިނީ ބޯހިޔާވަހިކަމުގެ ސްކީމެއްގެ ތެރޭން ދިރިއުޅޭށެވެ. މާލެ އާއި މާލެ ސަރަހައްދުން ދިރިއުޅެން ދޫކޮށްފައިވާ ގިނަ ގޯތިތައްވެސް ވަނީ ކުއްޔަށް ދީފައެވެ. އެންމެ ފަހުން މާލެ ސަރަހައްދުން ދިރިއުޅެން ހިލޭ ދޫކުރި ގޯތިތައްވެސް ބުރިބުރިއަށް ނަގާށާއި ބުރިބުރިއަށް ނަގައިގެން ދޭނީ ކުއްޔަށެވެ. 

    ހިޔާވަހި ކަމުގެ ކަންތައް އިންތިހާއަށް ބޮޑުވެފައިވާ މާލެ ސަރަހައްދުގައި ތަންތަން ކުއްޔަށް ދިނުމަކީ ގާނޫނެއް ހަދައިގެން މީހުން ކުއްވެރިކޮށްގެން ހުއްޓޫވޭނެ ކަމެއް ނޫނެވެ. ކުލީގެ ވިޔަފާރިން އާމްދަނީ ހޯދުން ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ބޭނުންވަނީ އެކަމުގައިވެސް އަދުލުވެރި ކަމެވެ. 

    ދިރިއުޅެން ލިބޭ ހިޔާވަހީގައި ނޫޅެ އެތަން ކުއްޔަށް ދޭނީ އުޅެވޭނެ ކޮންމެވެސް އެހެން ގޮތެއް އޮވެގެންނެވެ. ހާލަތު ނިޔާކުރާ ގޮތުން އެހެން ތަނެއްގައި ދިރިއުޅެން ޖެހިގެންވެސް ލިބިފައި ހުންނަ ފްލެޓާއި ގޯތި ފަޅަށް ނުބަހައްޓަން ކުއްޔަށް ދީގެން އުޅޭ މީހުންވެސް އުޅެއެވެ. ގޯއްޗާއި ފްލެޓް ކުއްޔަށް ދީގެން ރަނގަޅު އާމްދަނީއެއް ލިބޭތީ އެތަންތަން ކުއްޔަށް ދީފައި އެހެން ގޮތެއް ހޯދައިގެން ދިރިއުޅޭ މީހުންވެސް މަދެއްނޫނެވެ. ގޯތި ތަކުގައި ބުރިބުރިއަށް އިމާރާތްކޮށްގެން ބޯހިޔާވަހިކަން ހޯދައިގެން އާމްދަނީ ހޯދާމީހުން އެހާ ގިނައެވެ. 

    އެހެން ކަމުން ހިޔާވަހިކަމަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ނުދެވޭގޮތަށް ގާނޫނެއް ހެދުމަކީ ދެކޮޅު ޖެހޭ ސިޔާސަތެއް ނޫނެވެ. ސޯޝަލް ހައުސިންގ ފްލެޓް ކުއްޔަށް ދިނުމުގެ މައްސަލަ ކަމުގައި ވިޔަސް ބޮޑު ކުލީގެ މައްސަލަ ކަމުގައި ވިޔަސް ހައްލުކުރަން ބޭނުންނަމަ ކުރަން އޮތީ ދެކަމެކެވެ.

    އެއްކަމަކީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ކުލިތައް ކޮންޓްރޯލް ކުރުމެވެ. ތަނުގެ ފެންވަރާ ޖާގައާއި އެކަށޭނަ ގޮތަކަށް ކުލި ކޮންޓްރޯލް ކުރުމެވެ. އަނެއް ކަމަކީ ދިރިއުޅެން ދޫކޮށްފައިވާ ގޯތިތައް ކުއްޔަށް ދީގެން އާމްދަނީ ހޯދާ މީހުންގެ އަތުން ބޮޑު ޓެކްސެއް ނެގުމެވެ. ގޯތިތަކާއި އެޕާޓްމަންޓްތައް ކުއްޔަށް ދީގެން ހޯދާ އާމްދަނީގެ ޓެކްސް ނެގެން ޖެހޭނީ ކުލި ލިބޭ ފަރާތުންނެވެ. ކުއްޔަށް ހިފާ ފަރާތުން އެ ޓެކްސް ދެއްކުން ލާޒިމުކުރާ އެއްވެސް އެއްބަސްވުމެއް ހެދުންވެސް މަނާ ކުރަންޖެހެއެވެ. 

    ޒަމާނުއްސުރެ އެއްގޯއްޗަށް ވުރެ އިތުރަށް ބަންޑާރަ އެތައް ގޯއްޗެއް ނަގައިގެން އެ ތަންތަނުން މަންފާ ހޯދާ މީހުންގެ އިތުރު ބިންތަކުން އެކަށީގެންވާ ޓެކްސް އެއް ނަގަންވީއެވެ. މަގުބޫލު ސަބަބެއްނެތި ސޯޝަލް ހައުސިންގ ގޮތުގައިދީ އަގުދައްކާ ނުނިމޭ ފްލެޓެއްގައި ލިބުނު ފަރާތުން ދިރިނޫޅެ ވިޔަފާރި އުސޫލުން ކުއްޔަށް ދޭތަނެއްގެ ގޮތުގައި ބޭނުންކުރާނަމަ ވަކިކުރުމުގެ އުސޫލެއް ތަންފީޒު ކުރުމަކީ ވެސް އެންމެ ރަނގަޅުކަމެކެވެ. އެގޮތަށް ފްލެޓެއް ވަކިކުރާއިރު އެތާ ދިރިއުޅޭ މީހުންނަކީ ޝޯޝަލް ހައުސިންގެ ދަށުން ފްލެޓެއް ހައްގުވާ ބައެއް ނަމަ އަގުދައްކާ ހަމަކުރާ ގޮތަށް އެ ބައެއްގެ ނަން މައްޗަށް ފްލެޓް އަނބުރާލެވިދާނެއެވެ. 

    ]]>
    Wed, 04 Mar 2026 17:10:16 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 14 https://heerasnews.com/3933 https://heerasnews.com/3933 ދުވަހުގެ ދުއާ:

    فَاطِرَ السَّمَاوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآَخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ – يوسف 101

    އުޑުތަކާއި، ބިން ހެއްދެވި އިލާހު! ދުނިޔެއާއި، އާހިރަތުގައި މިއަޅާގެ އެހީތެރިއަކީ، އިބައިލާހެވެ. މުސްލިމެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި ސޯލިހުލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!

    ދުވަހުގެ ނަސޭހަތް: 

    ޝިރުކުގެ ނަޖިސްކަން އަޅުކަމުގެ ތެރެއަށް ވަދެއްޖެނަމަ އެއަޅުކަމެއް ފަސާދަވެ އޭގެ ސަވާބު ބާތިލުވާނެއެވެ. އެހެންކަމުން އެންމެހާ ޝިރުކުން މުސްލިމުން ދުރުހެލިވާންޖެހޭނެއެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ނުދަންނަކަން ނުދަތުމަށްވުރެ ބޮޑު ޖާހިލުކަމެއް ނުވެއެވެ. 

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:15

    ފަތިސް:   05:04

    މެންދުރު:   12:22

    އަސުރު:   15:35

    މަގުރިބު:   18:21

    އިޝާ:    19:33

    ]]>
    Wed, 04 Mar 2026 15:13:08 +0500 މުއާޒު
    ސަރުކާރުން މުސްކުޅިންނަށްދޭ 5000 ކަނޑާލަނީ https://heerasnews.com/3932 https://heerasnews.com/3932 އެމްޑީޕީ ސަރުކާރުން ރައީސް ނަޝީދުގެ ވެރިކަމުގައި ދޭންފެއްޓި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ކަނޑާލަން މުއިއްޒު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. އެކަން ކަށަވަރު ކޮށްދެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ ޑރ. އަހުމަދު ޝަމްހީދެވެ. 

    ޑރ. ޝަމްހީދު ވިދާލުވަނީ އުމުރުން 65 އަހަރުވުމުން ދެމުންގެންދާ އެލަވަންސް ކަނޑާލުމަށް މަޖިލީހަށް ސަރުކާރުން ފޮނުވާފައިވަނީ ހަރަދު ކުޑަކުރުމުގެ ނަމުގައެވެ. ހަރަދު ކުޑަކުރުމަށް ސަރުކާރުން އަމަލު ކުރަމުންގެންދާ ގޮތަށް ވަރަށް ބޮޑަށް ޑރ. ޝަމްހީދު ފާޑުވިދާޅުވިއެވެ. 

    ޑރ. ޝަމްހީދު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކަނޑާލަމުން ދަނީ އާއްމުކޮށް ރައްޔިތުންނަށްދޭ ހިދުމަތްތައް ކަމަށެވެ. ހަރަދު ކުޑަކުރަނީ ޖުމްލަ ބަޖެޓުން ނޫންކަމަށާއި ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ތަރައްގީއަށް ކުރާ ހަރަދުންކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ. 

    ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓުންވެސް ހަރަދު ކުޑަކޮށްފައިވަނީ ރައްޔިތުންގެ ތަރައްގީއަށް ބަޖެޓްކުރި 12.7 މިލިޔަން އިންނެވެ. ޑރ. ޝަމްހީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބާއްވަން އުޅެނީވެސް ރައްޔިތުންނަށް ކަންކަން ނުކޮށްދޭންވެގެންނެވެ، 

    އުމުރުން ދުވަސްވީ މީހުންގެ އެލައުންސް ކަނޑާލަނީއެވެ. އާސަންދަ ފިއްތާލަނީއެވެ. އެކަނިވެރި މައިންގެ އިނާޔަތް ހުއްޓާލާނެއެވެ. ކަރަންޓާއި ފެނާއި ކާޑާއި ތެލާއި ބޭހަށް ސަބްސިޑީ ކަޑާލަން ރާވަނީއެވެ. އިންތިހާބުތައް އެއްކޮށްލާ ރައްޔިތުން ގާތަށް ނުގޮސް ރައްޔިތުންނަށް ކަމެއް ކޮށްނުދީ ފަސް އަހަރު ހޭދަކޮށްލެވޭނީ އޭރުންތާއެވެ. އެގޮތަށް ކުރާ ހަރަދު ކުޑަކުރުމެއް ރައްޔިތުން ބަލައެއް ނުގަނެއެވެ.

    ސަރުކާރު ކުންފުނިތަކުން ކުންފުނި އުފައްދަމުން އަތަށް ފަޔަށް އޮބި ނޯންނަ ވަރަށް މީހުން ލައިގެން ހިންގުމުގެ ހަރަދު ބޮޑުކުރަމުން ރައްޔިތުންނަށް ސަރުކާރުން ކުރަނީ ދައްޗެވެ. ބިލިޔަނުން އާބާދީ ގުނާ ގައުމަކަށްވުރެ ވުޒާރާތަކާއި އިދާރާތައް ގިނައެވެ، ސިޔާސީ މުސާރަވެރިންގެ ހައްދެއް ހިސާބެއްނެތެވެ. މިހުރިއްޔަކީ ސަރުކާރަށް ބޮޑުވެގެން އުޅޭ ހަރަދެއް ނޫނެވެ.   

    ]]>
    Wed, 04 Mar 2026 14:13:32 +0500 މުއާޒު
    ނަފުރަތު ކުރަންވީ ކާކަށް! https://heerasnews.com/3927 https://heerasnews.com/3927 ހުޅުވާލެވިފައިވާ ސިޓީއެއް:

    ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް

    ވެދުމާ ސަލާމް އަރިސްކުރަމެވެ.

    އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނުގެ ލީޑަރު އަވަހާރަކޮށްލުމާއި، ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅޭގޮތުން އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމަށް ފުރިހަމަ ފުރުސަތު ލިބިވަޑައިގެންފައި އޮތް ނަމަވެސް، އެއްވެސް އެއްޗެއް ވިދާޅުވުމަށް ތިޔަ ބޭފުޅާ ވަނީ މުޅިން އިންކާރު ކުރައްވާފައެވެ.

    ތިޔަ ހުންނަވަނީ އެމެރިކާގެ ހަނގުރާމަވެރި އުޅަދުފަހަރަށް ރާއްޖޭގެ އެއަރޕޯޓް ހުޅުވާލައްވައިގެނެވެ. އިޒުރޭލުގެ މަސްލަހަތުގައި އިސްލާމީ ބޮޑު ދައުލަތެއް ހަނާކޮށްލާން ތިޔަ ހުންނަވަނީ ރުހިގެންނެވެ. 

    މިނިވަން ދައުލަތެއް ފަނާކޮށްލަން ދުނިޔޭގެ އެތައް ގައުމަކުން ދެކޮޅު ހަދަމުން ދާއިރު މަނިކުފާނު ތިޔަ ހުންނަވާ ދީނީ ތޮފިއަޅުއްވައިގެން އިޒްރޭލު ފަޅީގެއެވެ. ރައްޔިތުންގެ ފަޅިއަކީ އިޒްރޭލު ފަޅިއެއްނޫނެވެ. 

    ދިވެހި ރައްޔިތުންގެ ހިތު ލޯބި އޮތީ އީރާނާއެކުގައެވެ. އާޔަތުއްލާގެ ފުރާނަފުޅަށް ރަހުމަތް ލެއްވުމަށް އެދި ދިވެހީން ދަނީ ދުއާކުރަމުންނެވެ. އިޒްރޭލަށް ވާގިވެރިވާ ދައުލަތްތަކާއި ވެރިންގެ ހަލާކަށް ދުއާކުރާ ދިވެހިން ގިނައެވެ. އެކަމަކު  އާޔަތުއްލާ ހާމަނާއީގެ ނަންފުޅާއި އެމަނިކުފާނުގެ މަގާމުގެ ނަން ވިދާޅުވުން ވެސް، އެއީ ނަޖިހެއްގެ ގޮތުގައި މަނިކުފާނު ދެކެވަޑައިގެން ފަދައެވެ. އެކަމަށް ތިޔަބޭފުޅާ ވަނީ ފަސްޖެހި ވަޑައިގެން ފައެވެ. 

    މީގެ އިތުރުން، އާޔަތުއްލާ ހާމަނާއީގެ އާއިލާއަށާއި އެގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވުމަށްވެސް ތިޔަބޭފުޅާ އިންކާރު ކުރެއްވީއެވެ. އާޔަތުއްލާ ހާމަނާއީ އަށް ހެޔޮ ދުއާކޮށް، ސުވަރުގޭގެ މަތިވެރި ނިއުމަތް (ޖަންނަތުލް ފިރުދައުސް) މިންވަރު ކޮށްދެއްވުމަށް އެދިވަޑައިގަތުމަށް ވެސް ފަސްޖެހިވަޑައިގަތީ ކީއްވެގެންތޯއެވެ؟

    ޔަހޫދީންނަށް ތާއީދުކޮށް އެ މީހުންނާއެކު ދިވެހި ސަރުކާރު ނެތް ކަމަށް ގަބޫލު ކުރާނީ ކާކުތޯއެވެ. އެމެރިކާއިންނާއި އިޒުރޭލުގެ ވާގިވެރިން އެހީނުވެދާނެކަމަށް ބިރުން ގޮތްހުސްވެ ބަސްހުއްޓި މުނާފިގުކަން ފާޅިކޮށްގެން އަބަދު އަރާބާރުގައި ތިބީ ކޮންބައެއްތޯވެ؟ އަޅުގަނޑުމެން ނަފުރަތު ކުރަންވީ ކާކަށްތޯއެވެ؟

    ހައްގުތެދެކެވެ. މަނިކުފާނުގެ އަމަލުފުޅު ބަހައްޓަވާ މާއްދިއްޔަތަށް ތަބާވާވުން ކުށްވެރިކުރަމެވެ. ނަފްރަތު ކުރަމެވެ. ހެޔޮމަގަށް ރުޖޫއަވުމަށް އިލްތިމާސް ކުރަމެވެ. 

    02 މާރޗް 2026

                   ރައްޔިތު މީހާ

    ]]>
    Wed, 04 Mar 2026 00:24:45 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 13 https://heerasnews.com/3930 https://heerasnews.com/3930 ދުވަހުގެ ދުއާ:

    رَبَّنَا لَا تَجْعَلْنَا فِتْنَةً لِلْقَوْمِ الظَّالِمِينَ- يونس 85

    އަޅަމެންގެ ރައްބު! އަނިޔާވެރިވީ މީހުންނަށް ފިތުނައެއްކަމުގައި (އެބަހީ: އެއުރެންގެ އަނިޔާވެރިކަމުގެ ދަށުގައި) އަޅަމެން ނުލައްވާނދޭވެ!

    ދުވަހުގެ ނަސޭހަތް: 

    ރަނގަޅު ބިންގަލެއް ނެތި ކުރާ ތަރުބިއްޔަތެއް ހަރުދަނާއެއް ނުވާނެއެވެ. އެއީ ހިފެހެއްޓުމެއް ނެތް ޗަކަ ބިމެއްގައި ގެއެއް އެޅުން ފަދަ ކަމެކެވެ. މޫ ނުލާ ގަހެއް ހެދުން ފަދަ ކަމެކެވެ. ހަރުދަނާކަމެއް ނެތް އަސްލެއްގެ މައްޗަށް ބިނާވެފައިވާ ތަރުބިއްޔަތަކާއި ތަޢުލީމަކުން ކުރާ ފައިދާއެއް ނޯވެއެވެ. ރަނގަޅު އަގީދާއެއްގެ މައްޗަށް ނޫން ގޮތަކަށް ހެޔޮލަފާ މުޖުތަމައެއް ނުއުފެދެއެވެ. ތަރުބިއްޔަތުކުރުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ އެއްކަމަކީ އެކުއްޖާގެ ހިތުގައި އީމާންކަން ބިންވަޅު ނެގުމަށެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    މުޖުތަމައެއް ފަސާދަ ވެއްޖެނަމަ އެބައެއްގެ މައްޗަށް ފާކުރައްވާނީ ޖައްބާރު ވެރިންނެވެ. 

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:15

    ފަތިސް:   05:04

    މެންދުރު:   12:22

    އަސުރު:   15:35

    މަގުރިބު:   18:21

    އިޝާ:    19:33

    ]]>
    Tue, 03 Mar 2026 17:44:09 +0500 މުއާޒު
    ދުމަށީގައި ހިކިމަސް ޖަހާލާހެން އެމްބެސީތަކުގައި ސިޔާސީ މީހުން: ޝާހިދު https://heerasnews.com/3929 https://heerasnews.com/3929 ދުމަށީގައި ހިކިމަސް ޖަހާލާހެން އެމްބެސީތަކުގައި ސިޔާސީ މީހުން ޖަހާލީމާ ފަންސާސް ހަތަރު މިލިއަނަށް މިއަދު ހަރަދު އަރައިގެން ހިގައްޖެކަމަށް ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

    ކުރީގެ ހާރިޖީ ވަޒީރު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ރިޔަސީ އިންތިހާބު އެކުގައި ބޭއްވުމާ ދެކޮޅަށް ނޫނެކޭ ބުނުމަށް އެމްޑީޕީން ބާއްވާ ސިލްސިލާ ބައްދަލުވުން ތަކުގެ ތެރެއިން ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

    ދެ އިންތިހާބު ބާއްވަންޏާ ހަރަދު ބޮޑުވެއޭ ވިދާޅުވާ ކަމަށާއި އެކަމަކު ބޮޑުވަނީ ކިހާ ހަރަދެއްތޯ ސާފުކޮށް އަދި ވިދާޅުނުވާ ކަމަށް  ޝާހިދު ވިދާޅުވިއެވެ. ރައީސް މުއިއްޒު އާންމުކޮށް ކަން ކުރައްވާ ގޮތަށް މިކަންވެސް އޮޅުވާލައްވައިގެން ގެންދަވަނީ ކަމަށް ޝާހިދު ތުހުމަތު ކުރައްވައެވެ. 

    ޝާހިދު ވިދާޅުވީ ދެއިންތިހާބު އެއްކުރަނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ފަންސާސް މިލިއަން ސަލާމަތް ކުރާށެވެ. ފަންސާސް މިލިއަން ސަލާމަތްކުރުމުގެ ނަމުގައި ކުރައްވަން އުޅުއްވާ ކަމަކީ ރައްޔިތުންގެ އަޑު އެހުމުގެ ފުރުސަތު ނަގާލުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ހަރަދު ކުޑަކުރުން ބަހަނާއަކަށް ހަދައިގެން ދެ އިންތިހާބު އެކުގައި ބާއްވަން އުޅޭއިރު ހަމައެކަނި މިނިސްޓްރީ އޮފް ފޮރެން އެފެއާޒްއަށް ބަލައިލިޔަސް ހަރަދު ކުޑަ ކުރުމުގެ ނިޔަތް ސަރުކާރުގައި ނެތްކަން އެނގެއެވެ.

    ކުރީގެ ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވާ ގޮތުގައި ރާއްޖެއިން ބޭރުގައި ހުރި އެމްބެސީތަކުގެ ހަރަދަށް މަހަކު ފަންސާސް ހަތަރު މިލިއަން ރުފިޔާ މިހާރު ހަރަދު ކުރެއެވެ. ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި ހާރިޖިއްޔާއަށް ހަރަދުވީ ތޭވީސް މިލިއަން ރުފިޔާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

    "މިހާރު އެއޮތީ ފަންސާސް ހަތަރަކަށް ޖައްސާލާފައި- ދުމަށީގައި ހިކިމަސް ޖަހާލާހެން އެމްބެސީތަކުގައި ސިޔާސީ މީހުން ޖަހާލީމާ ފަންސާސް ހަތަރު މިލިއަނަށް މިއަދު އަރައިފި" ކަމަށް ކުރީގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ. 

    ރައްޔިތުންގެ އަޑު އަހައިލުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ހަމަ އެންމެ މަހެއްގެ އެމްބެސީ ހަރަދު ދެއްވާށޭ މި ބޭފުޅުން އަރިހު ވިދާޅުވަންވީ ނޫންތޯ ޝާހިދު ވިދާޅުވިއެވެ.

    ]]>
    Tue, 03 Mar 2026 16:46:27 +0500 މުއާޒު
    ދެ އިންތިހާބުއެކީ ބޭއްވުމުން މުޅި މަޖިލިސް ނަގާނީ ހޮވޭ ރައީސެއް https://heerasnews.com/3928 https://heerasnews.com/3928 ދެ އިންތިހާބު އެކީގައި ބޭއްވުމުން މުޅި މަޖިލިސް ނަގާނީ ރައީސް ކަމަށް ހޮވޭ ބޭފުޅެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު އެ މޭރުމުން ވާހަކަ ދެއްކެވީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ކުރިއަށްގެންދާ "ނޫނެކޭ" ކެމްޕޭނުގެ ރޭގެ ޖަލްސާގައެވެ. 

    "އެއްކޮށް މި އިންތިހާބު ބާއްވައިފިއްޔާ މުޅި މަޖިލިސް އެކީ ވެރިކަމުގައި ހުންނަ ބޭފުޅަކު ނަންގަވާނެ. ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން. މަޖިލީހުގައި ތިއްބަވާނީ މުޅިން ވެސް ސަރުކާރުގެ މެންބަރުން،" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

    ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ނަގާ ފެންނަ ނުފެންނަ ވޯޓަކީ ސިއްރިއްޔާތުގައި ކުރާ ބަގާވާތެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވައެވެ. ރައީސް ސޯލިހު ވިދާޅުވިގޮތުގައި އެކަމަކީ ސިއްރުސިއްރުން މި ސަރުކާރުން ކުރަން އުޅޭ ބޮޑު ބަގާވާތެކެވެ.

    ދެ އިންތިހާބު އެކީގައި ބޭއްވުމަކީ ގާނޫނުއަސާސީއަށް ގެންނަ ބޮޑު ބަގާވާތެއް ކަމަށް ވިދާޅުވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ބާރު ކަނޑުވާލައި، ބާރުތައް އެއްކޮށް، ހުދުމުހުތާރު ވެރިކަމަކަމަކަށް ގައުމު ގެންދަން ކުރާ މަސައްކަތެއް ކަމަށެވެ.

    އެއްކޮށް ދެ އިންތިހާބު ބޭއްވުމުގެ ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެރުން މަޖިލީހުގައި ތިއްބަވާނީ މުޅިން ވެސް ސަރުކާރުގެ މެންބަރުން ކަމަށް ސޯލިހު ވިދާޅުވިއެވެ."ވިދާޅުވީމާ ވިދާޅުވާ ކަމެއް ކުރުން ނޫން ކަމެއް ނޯންނާނެ" ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

    ]]>
    Tue, 03 Mar 2026 16:05:00 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 12 https://heerasnews.com/3926 https://heerasnews.com/3926 ދުވަހުގެ ދުއާ:

    رَبِّ اجْعَلْنِي مُقِيمَ الصَّلاةِ وَمِنْ ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ- إبراهيم 40

    އަޅުގެ ރައްބު! އަޅާއީ، ނަމާދު ގާއިމްކޮށްއުޅޭ މީހެއްކަމުގައިލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ރައްބު! އަދި އަޅުގެ ދުއާ ގަބޫލުކުރައްވާނދޭވެ!

    ދުވަހުގެ ނަސޭހަތް:

    އުޒުރުވެރިޔާ ފިޔަވާ އެ މީހަކަށް ބަންގީގެ އަޑުއިވިފައި މިސްކިތައް ނާންނަ މީހާ (ފިރިހެނާ)އަށް ނަމާދެއް ނުވެއެވެ. އުޒުރުވެރިންނަކީ ބަލި މީހާ އާއި ބިރުވެރި ކަމެއްގެ ތެރޭގައި ނުވަތަ ބަނދެވުމެއްގައި ހުންނަ މީހާ އެވެ. 

    ދުވަހުގެ ހިކުމަތުގެ ބަސް:

    އެންމެ ބޮޑު މުއްސަންޖަކީ ލިބޭ މިންވަރުން ފުއްދައިގެން ނުދަރާ އުޅޭ މީހާއެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:16

    ފަތިސް:   05:04

    މެންދުރު:   12:23

    އަސުރު:   15:36

    މަގުރިބު:   18:21

    އިޝާ:    19:33

    ]]>
    Mon, 02 Mar 2026 17:15:01 +0500 މުއާޒު
    ތިލަފަތުން އިންތިހާބުގައި ސަރުކާރު ބަލިކޮށްލާނީ ކިހިލި ޖަހާލައިގެން https://heerasnews.com/3925 https://heerasnews.com/3925 ލޯކަލް ކައުންސިލް އިންތިހާބުގައި ތިލަފަތުން އިރާދަކުރެއްވިއްޔާ މި ސަރުކާރު ބަލިކޮށްލާނީ ހަމަ ކިހިލި ޖަހާލައިގެން ކަމަށް އެމްޑީޕީގެ ރައީސް ފުވައްމުލަކު ސިޓީގައި ވިދާޅުވެއްޖެއެވެ.

    ލޯކަލް ކައުންސިލް އިންތިހާބަކީ ޕީއެންސީން ވާދަ ކުރަންޖެހޭ އިންތިހާބެއް ނޫން ކަމަށް ވިދާޅުވަމުން އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވީ ކުރިމަތީގައި މިއޮތް ވޯޓުގައި ތިޔަ ބޭފުޅުން ގަދަޔަށް ނޫނެކޭ ވިދާޅުވުމަށެވެ. އެހެން ނޫނިއްޔާ މި ގައުމު އޮޔާލާނެ ކަމަށާއި  ހަގީގަތުގައި މި އިންތިހާބަކީ ޕީއެންސީން ވާދަ ކުރައްވަންޖެހޭ އިންތިހާބެއް ނޫންކަމަށް ޝާހިދު ތަކުރާރުކޮށް ވިދާޅުވިއެވެ.

    މިސާލު ޖައްސަވަމުން ޝާހިދު ވިދާޅުވީ ފުޓްބޯޅަ މުބާރާތަކަށް އިއުލާންކޮށްލީމާ ޓެނިސް ކުޅޭ ބަޔަކު ބައިވެރިވުމުގެ މާނައެއް ނެތް ކަމަށެވެ. "މި ބޭފުޅުންނެއް (ޕީއެންސީ) ގަބޫލެއް ނުކުރައްވާ ލާމަރުކަޒީ ނިޒާމެއް" ޝަހިދު ވިދާޅުވިއެވެ. 

    ލާމަރުކަޒީ ނިޒާމު ގަބޫލު ނުކުރާ ބަޔަކު ލާމަރުކަޒީ އިންތިހާބެއްގައި ބައިވެރިވާކަށް ނުޖެހޭނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. "ގޮތެއް ފޮތެއް ނެތިއްޔާ ބައިވެރިވެދާނެ - އެކަމަކު އެނގިތިބެގެން ނުވާނެ އެފަދަ ބަޔަކަށް ވޯޓު ދޭކަށް. ވޯޓު ދިނީމާ ވާގޮތް ބައެއް ތަންތަނުން އެބަ ފެނޭ" ޝަހިދު ވިދާޅުވިއެވެ.

    ފުވައްމުލަކު ސިޓީގައި އެމްޑީޕީ ސުޕަރ މެޖޯރިޓީ އޮތް ކައުންސިލުން ރައްޔިތުންނަށް ބޭނުންވި އެތައް ކަމެއް ކޮށްދެއްވައިފި ކަން ފާހަގަ ކުރައްވަމުން ޝާހިދު ވިދާޅުވީ މައި ސަރުކާރުން ތަރައްގީގެ ހުރިހާ ކަމެއް ހުއްޓުމަކަށް އައިސް ހުރިއިރުވެސް ފުވައްމުލަކު ސިޓީގެ ކައުންސިލުން ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވި ކަމަށެވެ. އެޔާ ހިލާފަށް މާލޭ ސިޓީ ކައުންސިލްގައި މޭޔަރު ފިޔަވާ އެންމެން ސަރުކާރުގައި ތިބި ކަމަށެވެ. މަލެ ސިޓީ ކައުންސިލްގެ ރިމޯޓް އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. އެ ރިމޯޓަށް ކިޔާ ނަމެއްވެސް މިހާރު އެބައޮންނަ ކަމަށާއި އެއީ "ލަފާފުޅާ އިރުޝާދު" ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ޝާހިދު ވިދާޅުވި ގޮތުގައި ޖަލްސާ ބާއްވަނީ ރައީސް  ފިއްތަވާލެއްވީމައެވެ. ޖަލްސާ ދޫކޮށް ނުކުންނަނީ ވެސް ފިއްތަވާލެއްވީމާ ކަމަށް ޝާހިދު ވިދާޅުވިއެވެ. މާލޭ ސިޓީ ކައުންސިލްގައި ޖަލްސާއެއް ނުބޭއްވިގެން އެދަނީ އެތައް ދުވަހެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. 

    ފުވައްމުލަކު ސިޓީގައިވެސް ޕީއެންސީ މެޖޯރިޓީ ކައުންސިލެއް އައިސްފިއްޔާ "ލަފާފުޅާ އިރުޝާދު" ރިމޯޓް އެސިޓީއަށް ވެސް ދާނެކަމަށާއި ކައުންސިލް ހުއްޓުމަކަށް އަންނާނެ ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ އަޑު އަހާނެ އެހެން ގޮތެއް ނޯންނާނެ ކަމަށްޓަކައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން އެމްޑީޕީ ކާމިޔާބު ކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.  ފުވައްމުލަކު ރައްޔިތުންނަކީ ހޭލުންތެރި، ސިޓީ ދެކެ އިންތިހާއަށް ލޯބިވާ ރައްޔިތެއްކަން ފާހަގަ ކުރެއްވިއެވެ.

    ]]>
    Mon, 02 Mar 2026 16:18:33 +0500 މުއާޒު
    ތެލުގެ އަގު އުފުލިދާނެކަމުގެ ބިރު ބޮޑުވެއްޖެ https://heerasnews.com/3924 https://heerasnews.com/3924 އެމެރިކާ އަދި އިސްރާއީލު އިރާނާއި މެދު އޮތް ނުތަނަވަސްކަން އިތުރުވެ، އިސްތިރާތީޖީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހަރުމުޒް ކަނޑުއޮޅި ކައިރިން ތިން އުޅަނދަކަށް ހަމަލާދިނުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެޔޮ ސަޕްލައި ކުރުމަށް ބުރޫއަރާފާނެ ކަމުގެ ބިރު އަނެއްކާވެސް ވަނީ ބޮޑުވެފައެވެ.

    ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (UKMTO) އިން ހާމަކުރި ގޮތުގައި، ކޮން އެއްޗެއްކަން ނޭނގޭ ހަމަލާތަކެއް ދިނުމުގެ ސަބަބުން ދެ އުޅަނދެއްގައި ރޯވެފައިވާއިރު، ތިންވަނަ އުޅަނދެއްގެ ކައިރީގައި ވަނީ އެއްޗެއް ގޮވައިފައެވެ. ނަމަވެސް، މި ހާދިސާތަކުގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައި ނުވާކަން ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، އުޅަނދަކުން ފަޅުވެރިން ހުސްކުރަން ޖެހުނު ހަތަރުވަނަ ހާދިސާއެއް ވެސް ރިޕޯޓްކޮށްފައިވީ ނަމަވެސް، އެކަމުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

    ދުނިޔޭގެ ތެލާއި ގޭހުގެ ގާތްގަނޑަކަށް %20 އުފުލާ މުހިންމު މަގު ކަމަށްވާ ހަރުމުޒް ކަނޑުއޮޅިން ދަތުރު ނުކުރުމަށް އިރާނުން ވަނީ ބައިނަލްއަގުވާމީ އުޅަނދުފަހަރަށް އިންޒާރު ދީފައެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ކަނޑުދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. ގާތްގަނޑަކަށް 150 ތެޔޮ ޓޭންކަރު، ނުރައްކަލަށް ހުށަހެޅިގެން ދަތުރުކުރުމުގެ ބަދަލުގައި ފަލީޖުގެ ކަނޑުގެ ސަރަހައްދުގައި މަޑުކޮށްގެން އެބަތިއްބެވެ. މި ދަނޑިވަޅުގައި އެ ސަރަހައްދު ހުރަސްކުރަނީ ހަމައެކަނި އިރާނާއި ޗައިނާގެ މަދު އުޅަނދުތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

    އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (IRGC) އިން ބުނެފައިވަނީ އިނގިރޭސިވިލާތާއި އެމެރިކާއާ ގުޅުންހުރި ތިން ޓޭންކަރަކަށް މިސައިލް ހަމަލާދީފައިވާ ކަމަށާއި އެ އުޅަނދުތަކުގައި އަލިފާން ރޯވެފައިވާ ކަމަށެވެ. ނަމަވެސް، ވޮޝިންޓަނުން ނުވަތަ ލަންޑަނުން މިހާތަނަށް މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

    އަރަބި ކަނޑާއި އޮމާން ކަނޑުގެ ސަރަހައްދުގައި ވެސް ސަލާމަތީ ނުރައްކާތައް ކުރިމަތިވަމުންދާތީ، އުޅަނދުފަހަރު އެ ސަރަހައްދު ހުރަސްކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މި ހާދިސާތަކާ ގުޅިގެން އިންޝުއަރެންސްގެ އަގުތައް އުފުލި، ތެޔޮ ފޯރުކޮށްދިނުމަށް ދިގުމުއްދަތަކަށް ހުރަސް އެޅިދާނެ ކަމުގެ ބިރު އުފެދުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަނީ އުފުލެމުންނެވެ.

    ދިގު މުއްދަތަކަށް ހަރުމުޒް ކަނޑުއޮޅި ބަންދުވެފައި އޮންނަން ޖެހިއްޖެނަމަ، ތެލުގެ އަގު އިންތިހާއަށް އުފުލި، އޭގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމުގެ އިންޒާރު ދިރާސާކުރާ ފަރާތްތަކުން ދެއެވެ.

    ]]>
    Mon, 02 Mar 2026 15:19:46 +0500 މުއާޒު
    މުއިއްޒު ސަރުކާރުގެ މިފަހަރުގެ ސްޓޭންޑަކީ އިޒްރޭލު ފަޅި! https://heerasnews.com/3923 https://heerasnews.com/3923 އިޒްރޭލާއި އެމެރިކާއާއި ގުޅިގެން އީރާނާ ކުރާ ހަނގުރާމާގައި ދިވެހިރާއްޖޭގެ ސަރުކާރު އޮތީ އިޒްރޭލް ފަޅީގައި ނޫންކަމަކަށް ނުވާނެއެވެ. ރާއްޖޭގެ ރައީސް މުއިއްޒު މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި މުއިއްޒު ދެއްކި ވާހަކަތަކުންނާއި ރާއްޖޭން އަމަލުކުރަމުންދާ ގޮތުންނާއި ސަރުކާރުގެ ނޫސް ބަޔާންތަކުން ރާއްޖޭ އޮތީ އިޒްރޭލް ފަޅީގައިކަން ވަރަށް ބޮޑަށް ސާފެވެ.

    އެމެރިކާގެ އަސްކަރީ ބޭސްތައް ގާއިމުކޮށްފަވާ އަރަބި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އީރާނުން ހަމަލާދިނުން ރާއްޖޭން ރަސްމީކޮށް ކުއްވެރި ކުރިއެވެ. އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލަދީ އެ ގައުމުގެ ލީޑަރ އަވަހާރަކޮށްލުން ރާއްޖޭން ކުއްވެރިއެއް ނުކުރެއެވެ. ހުރިހާ ފަރާތެއްވެސް ގޯހޭ ބުނެލުން ފިޔަވާ އެމެރިކާ އިސްވެ އޮވެ ހިންގި އެ ބޮޑު ޖަރީމާ ކުށްވެރިކޮށްލަން ބުނާނެ އެއްޗެއް މުއިއްޒަށް ނޭގުނެވެ.

    އީރާނަކީ ޒަމާނުންސުރެ ރާއްޖޭން ރަސްމީކޮށް އިސްލާމީ ގައުމެއްކަމަށް ގަބޫލުކުރާ އޯއައިސީގެ މެންބަރު ގައުމެކެވެ. މީގެ ކުރީން އިޒްރޭލުން ދިން ހަމަލާއެއްގައި އީރާނުގެ ރައިސް އަވަހާރަވުމުން މުއިއްޒު ސަރުކާރުން ހިތާމަފާޅުކޮށް ބައިދަނޑިއަށް ދިދަ ތިރިކޮށް އީރާނުގެ އައު ރައީސް މަގާމާ ހަވާލުވުމުގެ ރަސްމިއްޔަތުގައި ރާއްޖޭގެ ރައީސްގެ ނައިބު ބައިވެރި ކުރުވިއެވެ. 

    އެހެން ނަމަވެސް މިފަހަރު އެމެރިކާ އިސްވެ އޮވެ އިޒުރޭލުން އީރާނާ ކުރާ ހަނގުރާމާގައި އީރާނުގެ އެންމެ މަތީ ވެރިޔާ ރޫހާނީ ލީޑަރ އާޔަތުއްލާ ހާމަނާއީ އާއި އަސްކަރީ އޮފިސަރުންތަކަކާއި މައުސޫމު އެތައް ބަޔަކު ޝަހީދުކޮށްލުމުން ރާއްޖެ އޮތީ ހަނެވެ. ކުޑަމިނުން ބައިދަނޑިއަށް ދިދަ ތިރިކޮށްލަންވެސް މުއިއްޒަށް ނުކެރުނެވެ. އީރާނުގެ ރޫހާނީ ލީޑަރ އަވަހާރަ ކޮށްލުމުގެ ހިތާމާގައި ރަޝިޔާއާއި ޗައިނާންވެސް އެގައުމުތަކުގެ ދިދަ ބައިދަޑިއަށް ތިރިކުރިއެވެ.   

    އިޒްރޭލާ ގުޅިގެން ހިންގާ އެމެރިކާގެ ޝައިތާނީ އަމަލު ކުއްވެރިކުރުމުގެ ގޮތުން އެމެރިކާގެ ނަންގަނެލަން ވެސް މުއިއްޒު ސަރުކާރަކަށް ނުކެރުނެވެ. ވާނީވެސް އެހެންތާއެވެ. އިސްލާމް ދީނަށް ނަސްރުދޭ ސަރުކާރެއް ކަމަށް ބުނާ މުއިއްޒު ސަރުކާރުގެ މިފަހަރުގެ ސްޓޭންޑަކީ އިޒްރޭލު ފަޅިއެވެ. 

    އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ކުރަންފެށި ހަނގުރާމަ މުއިއްޒު ސަރުކާރުން ސިފަކުރީ މެދުއިރުމަތީގެ ހަމަ ނުޖެހުމުގެ ގޮތުގައެވެ. މުއިއްޒު ހިޔަރުކުރީ އެމެރިކާގެ އަސްކަރީ ބޭސްތައް ގާއިމުކޮށްފަވާ އަރަބި ގައުމުތަކާ އެކު “އެއް ބްލޮކެއް”ގޮތަށް މަސައްކަތްކުރުމަށެވެ. އެމެރިކާ އާ އެކުގައި އޮތުމެވެ.

    ]]>
    Mon, 02 Mar 2026 14:58:12 +0500 މުއާޒު
    އެއްވެސް ރައްޔިތަކަށް މުއިއްޒު ފެންނަންޖެހޭ ސަބަބެއްނެތް: ޝާހިދު https://heerasnews.com/3922 https://heerasnews.com/3922 ރާއްޖޭގެ އެއްވެސް ރައްޔިތަކަށް މުއިއްޒު ފެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއެވެ.

    ޝާހިދު ވިދާޅުވާ ގިތުގައި 4 އެޕްރީލްގައި ލޯކަލް ކައުންސިލް އިންތިހާބަށް ރައްޔިތުން ވޯޓްލާން ނުކުންނައިރު މުއިއްޒު ރައްޔިތުންކުރެން އައްސަވާ ސުވާލަކީ "ފެނޭހޭ ނުފެނޭހޭ" ކަމަށެވެ. އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވަނީ ބޭނުންވަނީ ރައީސް މުއިއްޒަށް ނުފެނެޔޭ ދަންނަވާށެވެ.

    ފުވައްމުލަކު ސިޓީގައި ހުންނަވައިގެން އޮނަރަބަލް ޝާހިދު ވިދާޅުވިގޮތުގައި ފުވައްމުލަކު ސިޓީގައި މިދިޔަ ދެ އަހަރާ ބައިގެ ތެރޭގައި ކުރެއްވި އެއްވެސް ތަރައްގީގެ މަސައްކަތެއް ނެތް ކަމަށެވެ. ރާއްޖޭގެ އެއްވެސް ދިމާލެއްގައި، އެއްވެސް ތަނެއްގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވިފައި ނެތް ކަމަށް ވިދާޅުވަމުން ވިދާޅުވީ ހަމަ އެކަނި ކުރައްވާ ކަމަކީ "ބިންގާ އެޅުން" ކަމަށެވެ.

    ބިންގަލަކީ އޭގެ މައްޗަށް ބިނާކުރަންޖެހޭ އެއްޗެއް ކަމަށާއި ގާ ކޮށްލާފައި ބަހައްޓާނެ އެއްޗެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. 

    އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ބަޖެޓަކީ 56 ބިލިއަން ރުފިޔާއެވެ. ފުވައްމުލަކަށް އޭގެ ތެރެއިން ލިބުނީ ކޮން އެއްޗެއްތޯ ޝާހިދު ސުވާލު އުފެއްދެވިއެވެ. ޝާހިދު ވިދާޅުވި ގޮތުގައި ފުވައްމުލަކު ސިޓީ ރައްޔިތުންނަށް އެ ބަޖެޓުން ލިބުނީ މަދިރި އުފައްދާ ފެކްޓަރީއެކެވެ. "ވަޅުގަނޑެއް ކޮނެފައި ފެން އަޅައިގެން މަދިރި އުފެއްދުން ނޫން އިތުރު ކަމެއް ނެތް" ޝާހިދު ވިދާޅުވިއެވެ. 

    މިއަހަރުގެ ބަޖެޓް 5 ބިލިއަން ކަމުގައިވާއިރު މާޗް ފެށުމުގެ ކުރީގައި ފުވައްމުލަކު ސިޓީގައި މި ސަރުކާރުން ކޮށްދެއްވީ ކީއްތޯ ޝާހިދު ސުވާލުކުރައްވައެވެ. "އެބައޮތްތޯ އެއްވެސް ސަބަބެއް ރައީސް މުއިއްޒު ފެންނަންޖެހޭ؟" ޝާހިދު ވިދާޅުވިއެވެ. "ފެނޭހޭ ނުފެނޭހޭ - ނުފެނޭ!" ޝާހިދު ވިދާޅުވިއެވެ. ރާއްޖޭގެ އެއްވެސް ރައްޔިތަކަށް މިހާރަކު ރައީސް މުއިއްޒެއް ނުފެނެއޭ ޝާހިދު ވިދާޅުވިއެވެ. 

    ]]>
    Mon, 02 Mar 2026 00:00:35 +0500 މުއާޒު
    ހީރަސް ރެސިޕީ: ރިހާކުރު ރިހަ https://heerasnews.com/3921 https://heerasnews.com/3921 ހީރަސް ރެސިޕީ މިއަދު ރިހާކުރު ރިހައަށް ހާއްސަކޮށްލަމެވެ. ރިހާކުރު ރިހަ މިހާރަކަށް އައިސް ފެންނަނީ ތަންކޮޅެއް މަދުން ނަމަވެސް މިއީ ކުރީއްސުރެ ރާއްޖޭގައި ތައްޔާރުކޮށްއުޅޭ ރިހައެކެވެ. ބައެއް މީހުން މި ރިހަ ތައްޔާރު ކުރަނީ އައްޑޫ ހަވާދު އަޅައިގެންނެވެ. އަދި އެނޫން ހަވާދު ތަކުގައިވެސް މިރިހަ ތައްޔާރުކޮށް އުޅެއެވެ.

    ބޭނުންވާތަކެތި:

    2 ފިޔާ

    15 ހިކަނދިފަތް

    6 އިންޗީގެ ރާނބާފަތް ކޮޅެއް

    3 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ކޮތަނބިރި

    ½ 1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދަވިއްގަނދު

    1 މޭޒުމަތީ ސަމުސާ ނުމުގުރާހުރި ދިރި

    7 ހިކި މިރުސް (ނޫނީ ބޭނުން ވަރަކަށް)

    1 ސައިސަމުސާ ނުމުގުރާހުރި އަސޭމިރުސް

    1 ލޮނުމެދު

    ½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

    1/3 ޖޯޑު ހުނި

    3/4 ޖޯޑު ކޮށާފައިހުރި ވަޅޯމަސް

    2 މޭޒުމަތީ ސަމުސާ ތެޔޮ

    2/3 ޖޯޑު ފެން (ރިހަ ކެއްކުމަށް)

    8 މޭޒުމަތީ ސަމުސާ ފެން (ހަވާދަށް)

    ½ ޖޯޑު ބޯކިރު

    3 މޭޒުމަތީ ސަމުސާ ރިހާކުރު (ނޫނީ ބޭނުން ވަރަކަށް)

    1 ބިލަމަގު (ނޫނީ ބޭނުން ވަރަކަށް)

    ހަދާނެގޮތް:

    • ތަންކޮޅެއް ބޮޑެތިކޮށް ފޮތިތައް ހުންނާނެ ގޮތަށް އެއްފިޔާ ކޮށާލާށެވެ.
    • ބޮޑު ތަވައެއް އުދާ އެ ރަނގަޅަށް ހޫނުކުރުމަށްފަހު އެއަށް ކޮތަނބިރިކޮޅާއި ދަވިއްގަނދުކޮޅާއި ދިރިކޮޅާއި އަސޭމިރުހާއި ލޮނުމެދާއި ހުންޏާއި 10 ހިކަނދިފަތާއި ރާނބާފަތްކޮޅުގެ ދެބައިކުޅައެއްބަޔާއި ހިކިމިރުސްކޮޅާއި ކޮށިފިޔާކޮޅު އަޅާށެވެ.
    • މެދުމިނެއްގައި ގިނި ބަހައްޓައިގެން ހުނިކޮޅަށް މުށިކުލަ އަރަންދެން ތެލީގައިހުރި ތަކެތި ހަނާކުރާށެވެ. ހަނާވަމުންދާއިރު ތަވާތެރޭގައިވާ ތަކެތި ދޭތެރެ ދޭތެރެއިން ދޭފަތަކުން ހާވާލަންވާނެއެވެ. އެއީ އެއްވެސް އެއްޗެއް އެނދިޔަ ނުދިނުމަށެވެ.
    • ތަވައިން އެތަކެތި ނަގާށެވެ.
    • ނެގި ތަކެތި ހިހޫވީމައި 8 މޭޒުމަތީ ސަމުސަލުގެ ފެނާއިއެކު ކަރަންޓު މިކްސަރު ބޭނުން ކޮށްގެން މުގުރާށެވެ. މުގުރާނީ އޮމާން ޕޭސްޓް ގަނޑެއް ހެދެންދެނެވެ.
    • ބާކީ އޮތްފިޔާ ތުނިކޮށް ކޮށާލާށެވެ.
    • ތެއްޔަކަށް ތެޔޮކޮޅު އަޅާލާފައި ތެޔޮކޮޅު ހޫނުވުމުން އޭގެތެރެއަށް ތުނިކޮށްކޮށި ފިޔާކޮޅާއި، 5 ހިކަނދިފަތާއި، ގިތެޔޮމިރުހާއި ބާކީއޮތް ރާނބާފަތްކޮޅު އަޅާލާފައި ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާލާށެވެ.
    • ކުރިން ތައްޔާރުކުރި ހަވާދު ޕޭސްޓްގަނޑު ތެއްޔަށް އަޅާލާފައި ރަނގަޅަށް އެއްކޮށްލުމަށްފަހު މިނެޓެއްހާއިރު ކެކިލަން ބަހައްޓާލާށެވެ.
    • ފެނާއި ވަޅޯމަސްކޮޅު ތެއްޔަށް އަޅައި އެއްކޮށްލާފައި ބޮކިޖަހާލަންދެން ކައްކާލާށެވެ.
    • ބޯކިރުކޮޅާއި ބިލަމަގު އަދި ރިހާކުރުކޮޅު ތެއްޔަށް އަޅާލާށެވެ. ބިލަމަގު އަޅާނީ ފަޅާލާފައެވެ.
    • ރަނގަޅަށް އެއްކޮށްލުމަށްފަހު ތެލީގައި މަތިޖަހާފައި ގިނި މަޑުކޮށް ވިއްސަކަށް މިނެޓު ކައްކާލާށެވެ.
    • އުނދުން ނިވާލުމުގެ ކުރިން ރަހަބަލާލާފައި ބޭނުންވާ ގޮތަކަށް ރަހަ ހެޔޮވަރުކޮށްލަން ވާނެއެވެ.
    • ރިހާކުރުކޮޅުން އަހަރުމެން ބޭނުންވާ ވަރުގެ ލޮނުރަހައެއް ލިބޭތީ މި ރިހައަކަށް ލޮނެއް ނުލަމެވެ. ނަމަވެސް ބޭނުމިއްޔާ ލޮނުކޮޅެއް އަޅާލެވިދާނެއެވެ.
    ]]>
    Sun, 01 Mar 2026 17:50:25 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 11 https://heerasnews.com/3920 https://heerasnews.com/3920 ދުވަހުގެ ދުއާ:

    رَبَّنَا افْتَحْ بَيْنَنَا وَبَيْنَ قَوْمِنَا بِالْحَقِّ وَأَنْتَ خَيْرُ الْفَاتِحِينَ  (الأعراف89)

    އަޅަމެންގެ ރައްބު! އަޅަމެންނާއި، އަޅަމެންގެ ގައުމުގެމީހުންނާ ދެމެދު، ހައްގުގޮތުގައި ހުކުމްކުރައްވާނދޭވެ! އިބައިލާހީ ހުކުމްކުރައްވާ އެންމެހެޔޮ އިލާހެވެ.

    ދުވަހުގެ ނަސޭހަތް:

    ޖިހާދަކީ އެއަށް ވަފާތެރިވުމަށް ވާޖިބުވެގެންވާ ކަންތަކެއް އެކުލެވިގެންވާ އަމަލެކެވެ. ޖިހާދު ކުރުމުގައި ވަފާތެރިވާންޖެހޭނީ ފަސް ކަމެއްގައެވެ. ޖިހާދުގައި ވަފާތެރިވާންޖެހޭ ކަންކަމަކީ:- (01) ޖިހާދުގައި ވެރިޔާއަށް ކިޔަމަންވުން. (02) ގަނީމާ މުދަލުން އެއްވެސް އެއްޗެއް ނުނެގުން. (03) އަމާންކަމެއް ލިބިގެންވާ މީހެއް ނަމަ އެފަދަ އަހުދުތަކަށް ރައްކައުތެރިވުން. (04) ހަނގުރާމައިގެ ސަފުތައް ބައްދަލުވާ ހިނދުގައި ފުރިހަމައަށް ސާބިތުވުން. (05) މުސްލިމުންގެ އެކަކު މައްޗަށް އަދުއްވުންގެ ދެމީހުންނަށް ވުރެ ގިނަނުވާ ނަމަ ފިލަން ނުދުވުން.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ޒިންމާދާރު ގޮތުގައި އަމަލުތައް ބެހެއްޓުމަށް ރަނގަޅު މީހުންނަށް ގާނޫނުތަކަކަށް ބޭނުމެއް ނުވެއެވެ. 

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:16

    ފަތިސް:   05:04

    މެންދުރު:   12:23

    އަސުރު:   15:36

    މަގުރިބު:   18:21

    އިޝާ:    19:33

    ]]>
    Sun, 01 Mar 2026 15:54:11 +0500 މުއާޒު
    އީރާނުގެ ލީޑަރ އަވަހާރަކޮށްލުން މުއިއްޒު ކުއްވެރިއެއް ނުކުރި! https://heerasnews.com/3919 https://heerasnews.com/3919 އިސްލާމީ އީޜަނުގެ ރޫހާނީ ލީޑަރ އާޔަތުއްލާ އަލީ ހާމަނާއީ އިއްޔެވަނީ އަވަހާރަކޮށްލާފައެވެ. އެމެރިކާއާއި އިޒްރޭލު ގުޅިގެން އިއްޔެ އީރާނަށްދިން ފަނާކުރަނިވި ހަނގުރާމަވެރި ހަމަލާގައި އީރާނުގެ ރޫހަނީ ލީޑަރ އަވަހާރަ ކޮށްލުމަކީ ދިވެހި ރައްޔިތުން އެކަމާ އިންތިހާއަށް ކަންބޮޑުވާ ރައްޔިތުން ހިތާމަ ކުރާކަމެކެވެ. 

    އިސްލާމީ ގައުމެއްގެ ވެރިއަކު އަވަހާރަވުމަކީ ރާއްޖޭގައި އަބަދުވެސް ވަރަށް ބޮޑަށް ހިތާމަ ފާޅުކުރާ ކަމެކެވެ. ގައިބަށް ކަށުނަމާދު ކުރުމާއި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމާއި ސަރުކާރު ބަންދުކުރުން ފަދަ ކަންކަން ރާއްޖޭން ކުރެއެވެ. ހިތަމަ ފާޅުކޮށް އެގައުމެއްގެ ރައްޔިތުންނަށާއި ވެރިންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ދަންނަވައެވެ. 

    ހައްސަކޮށް އުދުވަނީ ހަމަލާއެއްގައި އިސްލަމީ ގައުމެއްގެ ވެރިއަކު އަވަހާރަކޮށްލައިފިނަމަ ހަރުކަށި އިބާރާތުން އެކަން ކުއްވެރިކޮށް ރަސްމީ އިދާރާތަކާއި ރައީސް އޮފީހުން ބަޔާން ނެރެއެވެ. އަމްދުން އިސްލާމު ދީނަށް ނަސްރުދިނުމުގައި އެވަރެއް ނެތްކަމަށް ދެއްކިގެން ވެރިކަމަށް އިސްވި ޑރ. މުއިއްޒު ސަރުކާރަކީ އިޒްރޭލުގެ އުދުވަނާ އެންމެ ދެކޮޅު ސަރުކާރު ކަމަށް ބުނަމުން ގެން ގޮސްފައި ވެއެވެ. 

    އެހެން ނަމަވެސް އެމެރިކާއާއި އިޒްރޭލް ގުޅިގެން އިސްލާމީ އީރާނަށް ހަމަލާދީ އެ ގައުމުގެ ރޫހާނީ ލީޑަރ އާޔަތުއްލާ ހާމަނާއީ އާއި އީރާނުގެ އިސްވެތައް އަސްކަރީ ކޮމާންޑަރުންނާއި އާއްމު ރައްޔިތުންގެ އެތައް ބަޔަކު ޝަހީދުކޮށްލި ކަމެއް މިހާތަނަށްވެސް ރައީސް މުއިއްޒު ނުދެނެ ހުއްޓެވެ. ހާމަނާއީ އަވަހަރަކޮށްލިތާ 48 ގަޑިއިރު ވާންދަނީއެވެ. އެމެރިކާއާއި އިޒްރޭލުން ހިންގި ހަނގުރާމަވެރި ފަނާކުރަނިވި އުދުވާނަށް ރައީސް މުއިއްޒު ހުރީ ބީރުކަންފަތް ދީގެންނެވެ. 

    ސަރުކާރު ބަންދުކޮށް ގައިބަށް ކަށުނަމަދު ނުކުރާތާ ދިދަ ބައިދަނޑިއަށް ތިރިކޮށްލަން ނުކެރުނެވެ. ކުޑަމިނުން އިރާނަށް ތައުޒިޔާވެސް ފޮނުވާލަން ނުކެރުނެވެ.

    އެހެން އެކަން އޮއްވާ އެމެރިކާގެ ހަނގުރާމަ މަތީ އުޅަދު ފަހަރަށް ރާއްޖޭގެ ވައިގެ ސަރަހައްދު އޮތީ ހުޅުވާލާފައެވެ. ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި އެމެރިކާގެ އަސްކަރީ ބޯޓު ފަހަރު ޖެއްސުމަކަށް އެއްވެސް ހުރަހެއްނެތެވެ. 

    ]]>
    Sun, 01 Mar 2026 14:52:23 +0500 މުއާޒު
    ހަނގުރާމައިގެ ފުރަތަމަ ދުވަހު މުއިއްޒު ސަރުކާރަށް ގޮތްހުސްވެއްޖެ! https://heerasnews.com/3918 https://heerasnews.com/3918 އެމެރިކާއާއި އިޒްރޭލް ގުޅިގެން އީރާނަށް ހަމަލާ ދިނުމުގައި އަދި މިވީ އެންމެ ދުވަހެކެވެ. އޭގެ ނުބައި އަސަރު އެންމެ އަވަހަށް ކުރާ ތަނަކަށް ރާއްޖެ ވެއްޖެއެވެ. ހަނގުރާމައިގެ ފުރތަމަ ދުވަހުވެސް ރާއްޖޭގެ ސަރުކާރަށް ވަނީ ގޮތް ހުސްވެފައެވެ. ހަނގުރާމަ ދިގުލައިފިނަމަ ވެގެން ދާނެ ގޮތް ހިތަށް ގެންނަންވެސް ދައްޗެވެ. 

    ދުނިޔޭގެ އެކި ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދު ކުރަން ފެށުމުން ފްލައިޓްތައް ކެންސަލް ކުރުން އިންތިހާއަށް ދިޔައީއެވެ. ރާއްޖެ އަންނަން ބްކީންގ ހަދައިގެން ތިބި އެތައް ބަޔަކު ދަތުރު ހުއްޓާ ލައިފިއެވެ. ފުރަން ހަމަ ޖެހިފައިތިބި އެތައްބަޔަކު ރާއްޖޭގައި ތާށިވެއްޖެއެވެ.

    ފެނިގެން މިދަނީ އަދި ކުޑަ މިންވަރެކެވެ. މިގޮތުގައި ދެތިން ދުވަސް ހޭދަވިޔަސް ރާއްޖެއަށް ހަތަރެސްކަން ހަމަވާނެއެވެ. ތެލާ ކާޑަށް ޖެހޭނެއެވެ. ރާއްޖެ އިސްކޮށްގެން ފައިސާތަކެއް އިސްރާފުކުރުމަށް ގަތް ޑްރޯނާއި ބަރު ހަތިޔާރުގެ ބޭނުމެއް ނުއޮންނާނެއެވެ. ރަނގަޅު ހާލަތުގައި ލިބުނުހާ ފައިސާއިން ކުރި އިސްރާފުގެ ބޮޑުކަމުން ރިޒާވްގައި ފޯވައްސެއްގެ ކާޑުވެސް ގަނެވޭވަރު ހުރިކަން ޔަގީނެއް ނޫނެވެ. 

    އެހެން އެކަން އޮތް އިރު ނުފުރިފައި ތިބިހާ ގެސްޓުންގެ ކަންކަން އިންތިޒާމުކޮށް ހިންގާލެވޭވަރުގެ ގާބިލުކަމެއް މުއިއްޒު ސަރުކާރަކު ނެތެވެ. މި ހާލަތުގައިވެސް އުޅޭނީ ކަޓެއް ނަގައިގެން ވިޔަފާރިއެއް ހަދާލެވޭތޯއެވެ. އެމްއޭސީއެލްއިން މިފުރުސަތުގައިވެސް ދިމާކޮށްފައި ހުރީ ބޮޑު އަގުގައި ބާޒާރުން ތަކެތި ގަނެގެން ނަހަމަ ގޮތުގައި ކޮންމެވެސް ބަޔަކަށް ވިޔަފާރި ހޯދާ ދިނުމަށެވެ.

    މާލޭ އެއަރޕޯޓްގެ ތަޅުންމަތީ ފަތުރުވެރިން ނިންދަވަން ދިމާ ކުރާނީ އެހެންވެގެންނެވެ، ރާއްޖެއަކީ ތަޅުން މަތީ ފަތުރުވެރިން ނިންދަވަން ޖެހޭވަރުގެ ގައުމެއް ނޫނެވެ. ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގައި ރޫމް ގިނަ އަދަދަކަށް ހުސްކޮށް އެބަހުއްޓެވެ. ފްލައިޓް ހަމަޖެހެންދެން އެ އިންތިޒާމް ހަމަޖައްސާ ނުދެވޭންވީ ސަބަބެއް ނެތެވެ. ގިނަ މީހުންގެ އިންޝޫރެންސް ވެސް އޮންނާނެއެވެ. 

    އެއަރލައިނުން ފަސިންޖަރުންގެ ކަންކަންހަމަ ނުޖެއްސޭ މީހުންނާއި ފުދުންތެރިކަން ނެތް ފަރާތްތަކަށް ޓޫރިޒަމް ޓްރަސްޓު ފަންޑުން ކެއުމާއި ނިދުން ހަމަޖެއްސިދާނެ ކަމަށް ކުރީގެ ވަޒީރެއް ކަމުގައިވާ މަލީހު ވިދާޅުވެއެވެ. މަލީހު ވިދާޅުވާހެން އެކަންވެސް ވާނީ އެ ޓްރަސްޓް ފަންޑެއްގައި އެއްޗެއް އޮވެގެންނެވެ. ރަނގަޅު ހާލަތުގައި ޕެންސަން ފަންޑް ނޮޅާލާ ސަރުކާރެއްގައި ފައިސާއެއް އޮތް ފަންޑެއް ނުއޮންނާނެއެވެ. 

    ]]>
    Sun, 01 Mar 2026 13:53:41 +0500 މުއާޒު
    ހީރަސް ރެސިޕީ: ރަތްމުގު ބޮނޑިބަތް https://heerasnews.com/3914 https://heerasnews.com/3914 ހީރަސް ރެސިޕީގައި ރަތްމުގު ބޮނޑިބަތް ނުހިމެނި ލަސްވުމަކީ ލިބޭނެ އުނިކަމެކެވެ. މުގު ބޮނޑިބަތަކީ ވަރަށް ތަފާތު ގޮތް ގޮތަށް ދިވެހީން ކައްކާ އުޅޭ ވަރަށް މީރު ބޮނޑިބަތެކެވެ.  

    ބޭނުންވާ ތަކެތި:

    1 ޖޯޑު ރަތްމުގު

    3 ޖޯޑު ފެން

    1 ބޮޑު ފިޔާ

    3 މޭޒުމަތީ ސަމުސާ ގިތެޔޮ

    1 ސައިސަމުސާ ކުދިކޮށް ތުނިކޮށް ކޮށާފައި ހުރި އިނގުރު

    1 ޖޯޑު ހަކުރު (ނޫނީ ބޭނުން ވަރަކަށް)

    1 މޭޒުމަތީ ސަމުސާ ފިނިފެން (ރޯޒްވޯޓަރ)

    ½ 1 ސައިސަމުސާ މުގުރި ފޮނިތޮށިކާފޫރުތޮޅި (ނޫނީ ބޭނުން ވަރަކަށް)

    ހަދާނެގޮތް:

    ފިޔަވަޅު 1:

    • ފިޔާކޮޅު ވަރަށް ތުނިކޮށް ކޮށާށެވެ. ނިކަން ފަރުވާ ބަހައްޓައިގެން ހުރިހާ ފޮތިތަކެއްވެސް އެއްވަރަކަށް ހުންނާނެ ގޮތަށެވެ.
    • ގިތެޔޮކޮޅުގެ ދެބައިކުޅަ އެއްބައި ތެއްޔަކަށް އަޅާ ހޫނު ކުރާށެވެ.
    • ގިތެޔޮ ވިރުމުން ފިޔާކޮޅު އަޅާފައި އެ މަޑުވެ މުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.
    • ފިޔާކޮޅަށް މުށިކުލަ އަރަން ފެށީމާ އުނދުން ނިވާލާފައި ތެލީގައި މަތިޖަހާށެވެ.

    ފިޔަވަޅު 2:

    • މުގުކޮޅު ރަނގަޅަށް ދޮވެލާށެވެ.
    • އެހެން ތެއްޔަކަށް މުގުކޮޅާއި ފެން އަޅާފައި ކައްކަން އުދާށެވެ.
    • ފެންގަނޑު ކެކިގަތީމައި ގިނި މަޑުކޮށްލާފައި 5 ވަރަކަށް މިނެޓު ބަހައްޓާލާށެވެ.
    • މުގުކޮޅު ފުރާނާލާފައި އެއްޗަކަށް އަޅާފައި އެހަށް ބަހައްޓާށެވެ.

    ފިޔަވަޅު 3: 

    • ބާކީހުރި ގިތެޔޮކޮޅު ތެއްޔަކަށް އަޅާ ހޫނުކުރާށެވެ.
    • ގިތެޔޮ ވިރުމުން މުގުކޮޅާއި، ފިޔާކޮޅާއި، އިނގުރާއި، ހަކުރު އަޅާށެވެ.
    • ގިނި ބަހައްޓާނީ މެދުމިނުގައެވެ.
    • އެއްކޮށް ކެކި ނިމެންދެން ގެންދަންވާނީ ހަލަމުންނެވެ.
    • ތެލީގައިވާ ތަކެތި އޮލަވެ، އަދި ފިޔާތަށް ލޮލަށް ނުފެންނަ ވަރަށް މުގުގަނޑުގެ ތެރެއަށް ގިރުމުން އުނދުން ނިވާލާށެވެ.
    • ފިނިފެނާއި ފޮނުތޮށި ކާފޫރުތޮޅި އަޅާ އެއްކޮށްލީމާ ރަތްމުގު ބޮނޑިބަތް އެހުރީ ކެކިފައެވެ. 
    ]]>
    Sat, 28 Feb 2026 17:16:07 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 10 https://heerasnews.com/3913 https://heerasnews.com/3913 ދުވަހުގެ ދުއާ:

    “رَبَّنَا وَآَتِنَا مَا وَعَدْتَنَا عَلَى رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ” (آل عمران194)

    އަޅަމެންގެ ރައްބު! އިބައިލާހުގެ ރަސޫލުންގެ ދޫފުޅުމަތީން އަޅަމެންނަށް ވައުދުވެވޮޑިގެންފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ! އަދި، ގިޔާމަތް ދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބައިލާހު ވައުދާ ހިލާފުވެވޮޑިނުގަންނަވަމުއެވެ.

    ދުވަހުގެ ނަސޭހަތް:

    ހައްދުތައް ގާއިމު ކުރުމަކީ ވެރިކަމަށް ހާއްސަވެގެންވާ ކަމެކެވެ. އެހެން އެއްވެސް ފަރާތެއް އެކަމުގައި ބައިވެރިއެއް ނުވާނެއެވެ. ތައުޒީރު ކުރުމާއި، ހައްދުތައް ގާއިމު ކުރުމަކީ ވެރިކަމުގެ ފަރާތުން ކުރުމަށް ޝަރުއު ކުރައްވާފައިވާ ކަމެކެވެ. އުރެދުންތަކަށް އަރައިގަންނަ މީހާއަށް ހައްދު ގާއިމްކޮށް އުގޫބާތް ދޭނީ ވެރިކަމުގެ ފަރާތުންނެވެ. ތައުޒީރު ކުރާނީ ވެސް ވެރިކަމުގެ ފަރާތުންނެވެ. އުގޫބާތް ދިނުމަކީ އަމިއްލަ އަމިއްލައަށް ކުރެވިގެން ވާނެކަމެއް ނޫނެވެ. ޝަރުއީ ހުކުމެއްނެތި ވެރިކަމުގެ ފަރާތުންވެސް އުގޫބާތުގެ ގޮތުގައި ކަންކަން ކުރުން ހުއްދައެއް ނޫނެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ބުއްދިވެރީން ވާހަކަދައްކަނީ އެ މީހުން ބުނަން ޖެހޭ އެއްޗެއް އޮވެގެންނެވެ. ބުއްދި ހަމަ ނުޖެހޭ މޮޔައިން ވާހަކަދައްކަނީ ކޮންމެވެސް އެއްޗެކޭ ކިޔާ ހިތުންނެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:16

    ފަތިސް:   05:05

    މެންދުރު:   12:23

    އަސުރު:   15:36

    މަގުރިބު:   18:21

    އިޝާ:    19:33

    ]]>
    Sat, 28 Feb 2026 16:46:39 +0500 މުއާޒު
    މުޅި ރާއްޖެ ބަލަނީ ޑިމޮކްރަސީގެ އެންމެ ބޮޑުކިއްލާ އައްޑުއާއި ދިމާލަށް https://heerasnews.com/3912 https://heerasnews.com/3912 ލޯކަލް ކައުންސިލް އިންތިހާބުގައި އިސްލާހީ މަސައްކަތްތައް އެންމެ ބޮޑުކޮށް ފެންނާނެ ތަނަކީ އައްޑޫ ސިޓީ ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އިސްލާހީ މަސައްކަތްތައް ފައްޓާނެ ތަނަކީވެސް ފަހުރުވެރި އައްޑޫ ސިޓީ ކަމަށް ވިދާޅުވިއެވެ. 

    " މުޅި ރާއްޖެ ބަލަހައްޓައިގެން އެތިބީ ޑިމޮކްރަސީގެ މި ވަރުގަދަ ކިއްލާއާ ދިމާލަށް" ކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ މި ވަރުގަދަ ކިއްލާއިން ދޭ މެސެޖަކީ ތިލަފަތަށް ވޯޓު އެޅުން ކަމަށް ހައްދަވާ ދެއްވުމަށް ޝާހިދު އައްޑޫ ސިޓީގެ ކިބައިން އެދި ވަޑައިގަތެވެ.

    "މި ފަހުރުވެރި އައްޑޫ ސިޓީ މިފަހަރު އަނެއްކާވެސް ތިލަފަތަށް ވޯޓްއަޅާ އަލުން މި ރާއްޖެ ހެޔޮ މަގަށް އަނބުރާލަ ދެއްވާ"ށެވެ. ޝާހިދު ވިދާޅުވިއެވެ. 

    ލޯކަލް ކައުންސިލްތަކަށް އެމްޑީޕީ ފިޔަވާ އިތުރު ބަޔަކު ހޮވާނެ ކަމެއް ނެތް ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަކީ މިހާތަނަށްވެސް ކައުންސިލްތައް ލާމަރުކަޒީ ނިޒާމުން ހިންގި މީހުން ކަމަށް ޝާހިދު ވިދާޅުވިއެވެ. 

    ރައްޔިތުންގެ މަޖިލިސްގެ މެންބަރކަމާއި ރައީސްކަން ކުރައްވާފައި އަބްދުއްލާ ޝާހިދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގެ އަށްވަނަ ބާބު ކަމުގައިވާ ލާމަރުކަޒީ ނިޒާމު އައީ އެމްޑީޕީގެ ވިސްނުމުގެ ތެރެއިންނެވެ. ބާރުތައް ރައްޔިތުންނާ ހަމައަށް ދޫކޮށްލި ހަމައެކަނި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރު ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

    މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އެމްޑީޕީ ހޯދާދިން ބާރުތައް އަނބުރާ ގެންދަން ކަމުން މިފަހަރު ތިލަފަތަށް ވޯޓްދެއްވުމަށް އެންމެން އެކަތިގަނޑަކަށް ވުމަށް ޝާހިދު އެދިވަޑައިގަތެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ތިލަފަތަށް ވޯޓު އަޅާ ފޮށިތައް ފުރާލުމަށް އެދިވަޑައި ގަންނަވަމުން ޝާހިދު ވިދާޅުވީ ސާބަހޭ އައްޑޫ ސިޓީއެވެ. 

    ރައީސް މުއިއްޒުގެ އަނިޔާވެރި ހުދުމުހުތާރު ސަރުކާރު ބަލިކޮށްލެވޭނެ ކެންޑިޑޭޓުންނަކީ އެމްޑީޕީ ކެންޑިޑޭޓުން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީ އުންމީދުވާރުންނަކީ "ތިޔަބޭފުޅުންނަށް އާ ބޭފުޅުންނެއް ނޫން - ތިޔަބޭފުޅުންނާއެކު މަސައްކަތްކުރައްވާފައި ތިއްބެވި ބޭފުޅުން" ކަމަށް އައްޑޫ ސިޓީ ރައްޔިތުންގެ ގާތުގައި އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.  

    ]]>
    Sat, 28 Feb 2026 15:37:30 +0500 މުއާޒު
    މުއިއްޒަށް ބާރެއް ދިނުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް: ލޫކަސް https://heerasnews.com/3911 https://heerasnews.com/3911 ރައީސް މުއިއްޒަކީ ދޮގުވެރި ހީލަތްތެރިއެއް ކަމުން އިތުރަށް ރައްޔިތުން މި ސަރުކާރަށް އެއްވެސް ބާރެއް ދިނުމަކީ ހަދާނެ އެންމެ ބޮޑު ގޯސް ކަމަށް ޝަމްއޫނު ޖަލީލު (ލޫކަސް) ވިދާޅުވެއެވެ.

    ސޯޝަލް މީޑިއާ އިންފުލިއަންޒަރ ލޫކަސް ޖަލީލު ވިދާޅުވާ ގޮތުގައި މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސްޕްރީމް ކޯޓުގައި ޕާކު ކޮށްފައި އޮންނަތާ 1 އަހަރު ވެއްޖެއެވެ. ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުނީ ކަމަށް ދިދަޔާ މުހާތަބުކޮށް ވިދާޅުވުމަށް ފަހު ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ގޮނޑިތަކުން ނަގާ އުކާލީއެވެ.

    ފަނޑިޔާރުން ވަކި ކުރަން ބަހަނާއަކަށް ފަނޑިޔާރުންނަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް އޭސީސީއަށް ވެސް ހުށަހެޅި ކަމަށާއި އެ މައްސަލަތަކަށް ވީ ގޮތެއްވެސް ނޭނގޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

    ސްޕްރީމް ކޯޓުގެ ފަނޑިޔާރުން އަދަދު މަދުކުރުމާއި ކޯޓާ ކުޅުމަށް ޕީއެންސީން ކުރަމުން ދިޔަ ކަންތައްތަކަކީ ދެނަހުރި ކަމެއް ނޫން ކަމަށް ހަތިމު ގެނެސް ޕޯޑިއަމްގައި ހުވާ ކުރަން ވެސް އުޅުނުކަން ލޫކަސް ހަނދާންކޮށް ދެއެވެ.

    ގޮނޑިގެއްލޭ މައްސައަށް އަހަރެއް ވީއިރު ސްޕްރީމް ކޯޓުން ހުކުމް ނުކުރެވިގެން އުޅެނީ ހަމަ ނުފޫޒެއް ނެތީމަތޯ ލޫކަސް ސުވާލު އުފައްދަވައެވެ.

    ވަރަށް ސާބިތުކަމާއެކު ލޫކަސް ވިދާޅުވަނީ މިނިކާ ބާޒަށް ބުނާނީ ނޫނެކޭކަމަށް ލޫކަސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ. 

    ]]>
    Sat, 28 Feb 2026 13:02:20 +0500 މުއާޒު
    ޑރ.ޝަހީމަށް ވައްޑެ: އައްޔަނީންނަކަށް ތައައްސުބެއްނެތް ރައުޔެއް ނުދެވޭނެ! https://heerasnews.com/3910 https://heerasnews.com/3910 ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖްލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވޭނެ ޒަމާނީ ހެޔޮ ބަދަލެއް ކަމަށް އިސްލަމިކް މިނިސްޓަރ ޑރ. ޝަހީމު ވިދާޅުވިޔަސް އެއީ ހަގީގަތެއް ނޫނެވެ.

    ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއކުގައި ބޭއްވުމަކީ ދުނިޔޭގެ ތަހުޒީބު ބައެއް ގައުމުތަކުގައި މިހާރުވެސް އަމަލުކުރެވެމުންދާ އުސުލެއް ކަމަށް ޑރ. ޝަހީމު ވިދާޅުވާއިރު އެހެން އެކަން އޮތީ ކޮންގައުމެއްގައި ކަމެއް ޑރ. ޝަހީމަކަށް ވިދާޅެއް ނުވެވުނެވެ. 

    ވެރިކަމުގެ ނިޒާމުގެ ހަމަޖެހުމާއި ތަރައްގީއާއި ސިޔާސީ ނިޒާމުގެ މަސްލަހަތުގެ ނަޒަރުން ބެލިޔަސް މިއީ ރަނގަޅު ނިންމުމެއްކަމުގައި ޑރ. ޝަޙީމު ދެކިވަޑައިގަތަސް ރާއްޖޭގައި މިއޮތް ކަހަލަ ވެރިކަމުގެ ނިޒާމެއް އޮތް ތަހުޒީބު ގައުމެއްގައި ދެ އިންތިހާބު އެއްކޮށް ބާއްވަނީ ކޮންތަނެއްގައިތޯ އެތައް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ހިންގުމުގެ ނިޒާމަށް މީގެން އަންނާނެ ހެޔޮ ބަދަލު ކަމަށް ޑރ. ޝަހީމް ތިޔަ ވިދާޅުވަނީ ކޮން ކޮން ކަންތައް ތަކަކަށްތޯ ވެސް މީހުން ސުވާލު އުފައްދައެވެ.

    ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުގެ ވިސްނުމާއެކު ކުރިއަށް ވަޑައިގެންނެވުމަށް ދިވެހި ރައްޔިތުންނަށް ޑރ. ޝަހީމު ގޮވާލައްވައިރު އަބަދު ރައީސް އައްޔަނުކުރާ މަގާމުގައި ހުންނަވައިގެން، ބާރުތައް ވަކިވެފައި މުސްތަގިއްލުކޮށް އޮންނަ މުއައްސަސާއަކަށް ގަދަރެއް އިހުތިރާމެއް ކުރައްވަން އެނގިނުލައްވާ “އައްޔަނީން” ނަކަށް، ދެ އިންތިހާބާއި ގުޅުންހުރި އެކަހަލަ މައްސަލަތަކުގައި ތައައްސުބެއް ނެތް ރައުޔެއް ނުދެއްވޭނެ  ކަމަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރ މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއެވެ. 

    ]]>
    Fri, 27 Feb 2026 15:47:05 +0500 މުއާޒު
    އަފްގާނިސްތާނާއި ޕާކިސްތާނުގެ މަސްލަހަތު ގޯސްވެއްޖެ https://heerasnews.com/3909 https://heerasnews.com/3909 އަފްގާނިސްތާނާއި ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަލާ ބަދަލުކުރުންތަކާއި ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހުކުރު ދުވަހު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

    ދެ ފަރާތުން ވެސް ވަނީ ބޯޑަރު ހުރަސްކޮށް ހަމަލާތައް ދީފައިވާކަން ކަށަވަރުކޮށްދީފައެވެ. މި ހަމަލާތަކުގެ ސަބަބުން، ގަތަރުގެ މެދުވެރިވުމާއެކު ގާއިމުކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ނާޒުކު އެއްބަސްވުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

    އަފްގާނިސްތާނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޕާކިސްތާނުން ވަނީ ކާބުލްގެ އިތުރުން އެ ގައުމުގެ މަދުވެގެން ދެ ޕްރޮވިންސަކަށް ވައިގެ މަގުން ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި، ބޯޑަރު ސަރަހައްދުގައި ތިބި ޕާކިސްތާނުގެ ސިފައިންނަށް އަފްގާން ފައުޖުތަކުން ހަމަލާދިނުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

    ހަމަލާތައް ފެށުމުގެ ޒިންމާ ދެ ގައުމުން ވެސް އެއް ގައުމު އަނެއް ގައުމުގެ ބޮލުގައި އަޅުވަމުންދާއިރު، މި ކުރިމަތިލުންތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލިދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

    މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކަކީ ހަމަލާތައް އިތުރަށް ވަރުގަދަވިޔަ ނުދީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކެވެ.

    ]]>
    Fri, 27 Feb 2026 15:11:16 +0500 މުއާޒު
    ހީރަސް ރެސިޕީ: ކަދުރު އަސާރަ https://heerasnews.com/3908 https://heerasnews.com/3908 ހީރަސް ރެސިޕީ ކަދުރު އަސާރައަށް މިއަދު ހާއްސަކޮށްލަމެވެ. މިފަހަރު މިގެނެސްދެނީ އާއްމުކޮށް ކަދުރު އަސާރަ ތައްޔާރުކޮށް އުޅޭ ގޮތަށްވުރެ ފަސޭހަ ގޮތެކެވެ. މިގޮތަށް ކަދުރު އަސާރަ ތައްޔާރު ކުރުމަކުން އަސާރައިގެ މީރުކަމަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަޖުމަ ބަލައިލާށެވެ.

    ބޭނުންވާ ތަކެތި:

    200 ގ. ކަދުރު އޮށްނަގާ ކުދި ކުދިކޮށް ކޮށާފައި
    6 ހިކަނދިފަތް
    2 ސައި ސަމުސާ މަސްޓަރޑް ސީޑްސް
    1 ސައި ސަމުސާ މުގުރި މިރުސް
    2 ބޮނޑި ލޮނުމެދު ( ކުޑަ ) ހިމުން ކޮށް ކޮށާފައި
    1 އިންޗި ބައި އިނގުރު ހިމުން ހިމުން ކޮށް ކޮށާފައި
    6 ގްރީން ޗިލީ ހިމުންކޮށް ކޮށާފައި
    1 ޗިކަން ކިއުބް
    2/1 ސައި ސަމުސާ އޯބަތް
    1 ސައި ސަމުސާ ގިތެޔޮ މިރުސް ހިމުން ކޮށް ކޮށާފައި
    2/1 ޖޯޑު ހެލެނބެލި ހުތް ފެންފޮދެއް ގައި ގިރާ އޮށް ނަގާ ފައި ހުރި
    1 ސައި ސަމުސާ ބައި މުގުރި ރީނދޫ
    1 މޭޒުމަތީ ސަމުސާ ޖަގްރީ
    ލޮނު ( ރަހަދޭވަރަށް)
    ތެޔޮ ފޮދެއް
    ތައްޔާރުކުރާނެގޮތް:
    • ތެއްޔެއް އުނދުން މައްޗަށް އުދާލާށެވެ.
    • ތެޔޮފޮދެއް އަޅާލާށެވެ.
    • ހޫނުވުމުން މަސްޓަރޑް ސީޑްސް އަޅާލާށެވެ.
    • އޯބަތް ކޮޅު ވެސް އެއްކޮށްލާށެވެ.
    • މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ދާށެވެ.
    • އޯބަތް ކޮޅަށްމަޑު މުށި ކުލައެރުމުން ލޮނުމެދާއި ރޯމިރުހާއި ހިކަނދިފަތާއި ގިތެޔޮ މިރުހާއި އިނގުރު އެއްކޮށްލާށެވެ.
    • ކުޑަކޮށް ހަނާވުމުން ރީނދޫ އަދި މުގުރި މިރުސް ވެސް އެއްކޮށް ލާށެވެ.
    • ރަހަ ނިކުންނަ ވަރަށް ހަނާވުމުން ކަދުރު ކޮޅުވެސް އެއްކޮށް ލާށެވެ.
    • ހެލެނބެލި ހުތް އެއްކޮށްލާށެވެ.
    • ކިއުބް ވެސް ލޮނު ވެސް އެއްކޮށްފައި ޖަގްރީ ކޮޅުވެސް އެއްކޮށްލާށެވެ.
    • މަޑު ގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުން ރަހަނިކުންނަ ވަރަށް ކައްކާލާށެވެ.

    ކަދުރު އަސާރަ ތައްޔާރުކުރަން މިއީ ވަރަށް ފަސޭހަ މީރު ގޮތެކެވެ.

    ]]>
    Fri, 27 Feb 2026 14:49:23 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 9 https://heerasnews.com/3907 https://heerasnews.com/3907 ދުވަހުގެ ދުއާ:

    “رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ” (آل عمران147)

    އަޅަމެންގެ ރައްބު! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، ކާފިރުވެގެންވާ ގައުމުގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ!

    ދުވަހުގެ ނަސޭހަތް:

    ﷲ ގެ މަގުގައި ހޭދަކުރާ ހޭދަކުރުން ބާތިލްކުރާނެ ކަންތަކެއް އަތުވެދާނެ ކަމެވެ. އަދި އެއީ މީހަކަށް އެއްޗެއް ދިނުމަށްފަހުގައި ކަލަގޮވުމެވެ. ﷲ ވަހީކުރައްވާފައިވާ ފަދައިންނެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُواْ لاَ تُبْطِلُواْ صَدَقَاتِكُم بِالْمَنِّ وَالأذَى﴾ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލަގޮވުމުންނާއި އުނދަގޫ ދިނުމުން ތިޔަބައިމީހުންގެ ސޮދަގާތްތައް ބާތިލް ނުކުރާހުށި ކަމެކެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ދިރިހުރިހާ ހިނދަކު ރަހުމަތުން އުންމީދު ކަނޑާނުލުން ވަނީ މިންވަރަށް އީމާންވުމުގެ ތެރެއިންނެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:17

    ފަތިސް:   05:05

    މެންދުރު:   12:23

    އަސުރު:   15:37

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Fri, 27 Feb 2026 13:40:31 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 8 https://heerasnews.com/3906 https://heerasnews.com/3906 ދުވަހުގެ ދުއާ:

    “رَبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آَمِنُوا بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ” (آل عمران193)

    އަޅަމެންގެ ރައްބު! ގޮވާލައްވާ މީހަކު (ރަސޫލަކު) އީމާންވުމަށް ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން އީމާންވީމުއެވެ. އަޅަމެންގެ ވެރިރައްބު! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް އަފޫކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ!

    ދުވަހުގެ ނަސޭހަތް:

    ނަސޭހަތް އެދޭ މީހުންނަށް ނޫނީ ނަސޭހަތް ނުދޭށެވެ. ތިމާއަށް ބޭނުންވާ މީހުންނަށް ނޫނީ ތިމާގެ ވަގުތު ނުދޭށެވެ. އެއްވެސް މީހަކު އެހީތެރިކަމަށް އެދިގެން ނޫނީ ބައްދަލުކުރަން މަސައްކަތް ނުކުރާށެވެ. އެކަމަށް ޝައުގުވެރިނުވާ މީހަކަށް މައުލޫމާތު ފޯރުކޮށްދޭން މަސައްކަތް ނުކުރާށެވެ.
    ތިބާގެ އަގުހުރި ވަގުތު، ތިބާގެ ކުރު އުމުރު އަދި ތިބާގެ އަގުހުރި މަސައްކަތް ދިނުމަށް ހައްގު މީހަކަށް ދޭށެވެ. ހައްގުނުވާ މީހެއްގެ ކިބައިން އަމިއްލަ ނަފްސު ބޭކާރު ކުރަން މާ އަގުހުރި މީހެއްކަމުގައި ނުވާށެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ކުރަން ބޭނުންވާ ކަމެއް ކުރެވެން އޮތް ގޮތެއް ހޯދައިގެން ކުރިޔަސް ކުރަން ބޭނުން ނުވާ ކަމެއް ނުކުރަން ދައްކާނެ ބަހަނާ ހުންނާނެއެވެ.  

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:17

    ފަތިސް:   05:05

    މެންދުރު:   12:23

    އަސުރު:   15:37

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Thu, 26 Feb 2026 14:35:45 +0500 މުއާޒު
    ރައްޔިތުން ތިބެންޖެހޭނީ ކުންފުންޏެއްގެ ދަަށުގައެއް ނޫން: އާޒިމް https://heerasnews.com/3905 https://heerasnews.com/3905 އެމްޑީޕީގެ ފަހުރުވެރި މެންބަރެއް ގަވާއިދާ ހިލާފަކަށް ކަންތައްތަކެއް ނުކުރާނެ ކަމަށް މާލެސިޓީ މޭޔަރ އާދަމް އާޒިމް ވިދާވެއްޖެއެވެ. ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމު ވިދާޅުވީ " ރައްޔިތުން އަޅުގަނޑުމެން ހޮވީ ގަވާއިދާ އެއްގޮތަށް ކަންކަން ކުރަން" ކަމަށެވެ.

    މޭޔަރ އާޒިމް ވިދާޅުވާ ގޮތުގައި 15 އަހަރުތެރޭ ނުކުރެވި ހުރި ގިނަ ކަންތައްތަކެއް މި 2 އަހަރުތެރޭގައި އާޒިމު ކުރައްވައިފިއެވެ. އަނެއްކޮޅުން އާޒިމް ޑޯޓްޑޯ ޖައްސަވަނީ އިންތިހާބު ކައިރި ވީމާ އެކަނި ނޫން ކަމަށް ވިދާޅުވަމުން އާޒިމު ވިދާޅުވީ ފާއިތުވި 2 އަހަރު ކޮންމެ ދުވަހަކު ރައްޔިތުން ކައިރިއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވި ކަމަށެވެ. 

    އެގޮތުން މޭޔަރ ޑޯޓްޑޯއަށް މާލޭގެ ސަރަހައްދުތަކަށް މެދުނުކެނޑި ކޮންމެ ދުވަހަކު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައް ވަމުން އެބަ ގެންދަވައެވެ. އެގޮތުން ހުޅުމާލެ އުތުރަށް ވަޑައިގެން ވިނަރެސް ފްލެޓް ތަކުގައި ދިރިއުޅޭ ގިނަބަޔަކާ ވަނީ ބައްދަލު ކުރައްވާފައެވެ. ވިނަރެސް ޕްލެޓްތަކަކީ ގިނަ ރައްޔިތުންތަކެއް ދިރިއުޅެމުންދަާ ތަނެއް ނަމަވެސް އަސާސީ ގިނަ ކަންތައްތައް ވަނީ ހަމަނުޖެހި ކަމަށް މޭޔަރ އާޒިމް ވިދާޅުވެއެވެ. 

    ވިނަރެސްގައި ހައްލު ކުރަން ޖެހޭ ގިނަ މައްސަލަތައް އެބަހުރި ކަމަށާއި ރައްޔިތުން ބޭނުންވަނީ ހުޅުމާލޭގެ މުނިސިޕަލް އަދި ރައްޔިތުންނާއި ގުޅުން ހުރި އަސާސީ ކަންތައްތައް ސިޓީ ކައުންސިލުން ކުރަން ކަމަށް ސިޓީ މޭޔަރ ވިދާޅުވިއެވެ. ސަރުކާރުން އެކަން ކުރަން ރައްޔިތުންވެސް ބޭނުން ނުވާ ކަމަށާއި ގާނޫނީ ގޮތުން ރައްޔިތުން ތިބެންޖެހޭނީ ކައުންސިލެއްގެ ދަަށުގައި ކަމަށާއި ކުންފުންޏެއްގެ ދަށުގައެއް ނޫން ކަމަށް މޭޔަރ އާޒިމު ވިދާޅުވިއެވެ.

    މޭޔަރ އާޒިމު ވިދާޅުވާ ގޮތުގައި މިހާރު ވެސް މަސައްކަތް ކުރައްވަމުން ދަނީ މާލެ ސިޓީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން ބިންވަޅު ނެގިފައި އޮތް ގޯސް ތަސައްވުރު ބަދަލުކޮށް މާލެ ސިޓީއާ މެދު ރައްޔިތުންގެ ހިތްތަކުގައި ރަނގަޅު ތަސައްވުރެއްގެ ބިންގާއެޅުމަށް ކަމަށް އާޒިމު ވިދާޅުވެއެވެ.

    ނަހަމަ ނުފޫޒާއި ކޮރޮޕްޝަނުގެ ހާއްޔަކަށް ވެފައި އޮތް މާލެ ސިޓީ ކައުންސިލާމެދު މީހުންގެ ހިތުގައި އޮތް ގޯސް ތަސައްވުރު ބަދަލުވަމުންދާކަން ރައްޔިތުންގެ ފަރާތުން އެނގެމުންދާތީ ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވަމުން ޑޯޓްޑޯގައި ރައްޔިތުން ދެއްވާ ތަރުހީބަށް މޭޔަރ ފަށްފަށުން ޝުކުރު އަދާކުރައްވައެވެ.

    ]]>
    Thu, 26 Feb 2026 13:57:41 +0500 މުއާޒު
    ހީރަސް ރެސިޕީ: ދިރިފިޔާ ބަތް https://heerasnews.com/3902 https://heerasnews.com/3902 ހީރަސް ރެސިޕީގައި މިއަދު ހިމަނާ މިލަނީ ދިރިފިޔާ ބަތެވެ. ދިރިފިޔާ ބަތުގެ މައިގަނޑު ދެ ރަހައަކީ ދިރި ރަހައާއި ފިޔާ ރަހައެވެ. ކޮންމެވެސް ބާވަތެއްގެ ކުޅި ރިހައަކާއި އެކު ދިރިފިޔާ ބަތަކީ ކާލަން ވަރަށް މީރު ބަތެކެވެ. މި ރެސިޕީއިން ތައްޔާރު ކުރެވޭނީ ދެތިން މީހުންނަށް ވާވަރަށެވެ.

    ބޭނުންވާ ތަކެތި:

    ½ ކުޑަ ފިޔާ

    ½ އިންޗީގެ އިނގުރު

    1/3 ޖޯޑު ބޯކިރު

    ½ ސައިސަމުސާ ލޮނު

    1 2/3 ޖޯޑު ފެން ކިރު

    ½ ސައިސަމުސާ ނުމުގުރާ ހުރި ދިރި

    1 ޖޯޑު ހަނޑޫ

    3 ކާފޫރު ތޮޅި

    3 އިންޗީގެ ފޮނިތޮށި

    3 އިންޗީގެ ރާނބާފަތް

    ހަދާނެ ގޮތ:

    • ފިޔާ އަދި އިނގުރު ތުނިކޮށް ކޮށާށެވެ.
    • ކޮށި އިނގުރާއި ފިޔާ ބޯތަށްޓަކަށް އަޅާށެވެ.
    • ބޯކިރުކޮޅުވެސް އެ ބޯތަށްޓަށް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާފައި މަތި ޖަހާފައި ބަހައްޓާށެވެ.
    • ރަނގަޅަށް ހަނޑޫކޮޅު ދޮވެލާށެވެ.
    • ދޮވުނު ހަނޑުލާއި، ފެން ކިރާއި، ދިރި، ކާފޫރު ތޮޅި، ފޮނިތޮށި، ރާނބާ އަދި ލޮނު ތެއްޔަކަށް އަޅާށެވެ.
    • ތެއްޔަށް ހުރިހާ އެއްޗެއް އަޅާފައި ހުންނަ އިރު ފެން ކިރު ހުންނަންވާނީ ހަނޑުލުގެ މަތިން ބައި އިންޗިއެއް ވަރުގައެވެ. އެވަރު ނުވާނަމަ ފެން ކޮޅެއް އަޅާލާފައި ހެޔޮވަރު ކޮށްލާށެވެ.
    • މެދު ގިނީގައި ބަހައްޓައިގެން ތެލީގައި ހުރި ތަކެތި ކެކި ގަންނަންދެން ކައްކާށެވެ.
    • ކެކި ގަތުމުން ގިނި މަޑު ކޮށްލާފައި ފެންގަނޑު ހިނދެންދެން ކައްކާށެވެ.
    • ކުރިން ބޯކިރާއި ފިޔާ އަދި އިނގުރު އެއްކޮށްފައި ބެހެއްޓި ބޯތަށި ތެލީގެ ތެރެއަށް އޮއްސާލާށެވެ.
    • އެޅި ހެދި ބޯކިރުތަށި ރަނގަޅަށް އެއްކޮށްލާފައި އަނެއްކާވެސް ފެން ހިނދެންދެން ކައްކާލީމައި އެ ނިމުނީއެވެ.  
    ]]>
    Wed, 25 Feb 2026 16:34:20 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 7 https://heerasnews.com/3901 https://heerasnews.com/3901 ދުވަހުގެ ދުއާ:

    رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ (آل عمران: ٣٨)

    އަޅުހެ ރައްބު! އިބަރަސްކަލާނގެ ހަޒްރަތުން ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ދުއާ އައްސަވާވޮޑިގެންވާ އިލާހެވެ.

    ދުވަހުގެ ނަސޭހަތް:

    ކިތަންމެ ވަރުގަދައަށް ރުޅި އައިސްފައި ހުއްޓައި ނަމަވެސް ފުރިހަމަ މުއުމިނެއްގެ ގާތުގައި "ﷲއަށް ބިރުވެތިވާށޭ" ބުނެވިއްޖެ ނަމަ އެމީހާގެ ރުޅި މަޑުވާނެއެވެ. މައިތިރިވާނެއެވެ. ނަމަވެސް މުނާފިގުންގެ ކިބައިން އެ ސިފައެއް ނުފެންނާނެއެވެ. އެމީހުން ވާނީ އިތުރަށް ރުޅި ގަދައެވެ. މީހެއްގެ ކިބައިން އެފަދަ ކަމެއް ފެނިއްޖެ ނަމަ އެކަމުން އެނގެނީ އޭނާއަކީ މުނާފިގެއް ކަމެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ތިބާ ދާ ކޮންމެތަނެއްގައި ލޯބި ފަތުރާށެވެ. އުފަލުން ނޫނީ އެކަކުވެސް ވަކިވިޔަނުދޭށެވެ. 

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:17

    ފަތިސް:   05:05

    މެންދުރު:   12:23

    އަސުރު:   15:38

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Wed, 25 Feb 2026 15:35:56 +0500 މުއާޒު
    މެންބަރުން ޖަވާބުދާރީ ކުރެވޭ ނިޒާމެއް ނެތުމަކީ އުނިކަމެއް: ފައްޔާޒު https://heerasnews.com/3900 https://heerasnews.com/3900 އުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވާހެން ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ހަމައެކަނި އިލެކްޝަން ސައިކަލްތަކަށް ގެންނަންވީ ބަދަލުތަކެއް ނޫނެވެ. ރާއްޖޭގެ ގާނޫނުއަސާސީން އެންމެ ބޮޑަށް އުނިވާ އެއް ކަމަކީ، އިންތިހާބުކުރެވޭ މަންދޫބުންގެ ދައުރުގެ ތެރޭގައި އެ މީހުން ޖަވާބުދާރީ ކުރުވޭނެ ހަރުދަނާ ނިޒާމެއް ނެތުމެވެ. 

    އޮނަރަބަލް ފައްޔާޒު ވިދާޅުވަނީ ވަރަށް ބޮޑު ތެދެކެވެ. ޕޮލިޓީޝަނުންނަކީ ރައްޔިތުން ހަވާލުކުރާ މެންޑޭޓު ފުރިހަމަނުކުރެވި، ވައުދުތައް ފުއްދުމަށް ފެއިލްވާ ބައެކެވެ. ސިޔާސީ މީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން ރައްޔިތުން އިތުބާރު އެއްކޮށްހެން މިހާރު ވަނީ ގެއްލިފައެވެ.

    "ފާއިތުވި އަހަރުތަކުގައި ކުރެވުނު ތަޖުރިބާއަށް ބަލާއިރު އެފަދަ ނިޒާމެއްގެ ބޭނުންތެރިކަން ރާއްޖެއަށް މިހާރު މިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ. ރައްޔިތުންނަށް ގާނޫނީ ގޮތުން އެ ފުރުސަތު އޮތްނަމަ، މިހާރު ތިއްބެވި މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ތެރެއިން ބޮޑު އަގުލަބިއްޔަތެއް މަގާމުން ވަކިކުރާނެކަމާމެދު އެއްވެސް ޝައްކެއް ނެތެވެ." ފައްޔާޒު ވިދާޅުވެއެވެ.

    ފައްޔަޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު "ރިކޯލް" ނިޒާމަކާ އެންމެ ވައްތަރު ކަމަކަށް އޮތީ މަޖިލީހުގެ ތެރެއިން ހިންގާ އިތުބާރު ނެތްކަމުގެ ވޯޓު ނުވަތަ "އިމްޕީޗްމަންޓް" އެވެ. ރައީސުލްޖުމްހޫރިއްޔާ އާއި، ވަޒީރުންނާއި، ފަނޑިޔާރުންނާއި އެހެނިހެން އޮފިޝަލުން ވަކިކުރުމަށް އޮންނަ އިޖުރާއަތަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އޮތް ފުރުސަތެކެވެ. 

    ފައްޔާޒު ވިދާޅުވާ ގޮތުގައި ދާދިފަހުން ފާސްކޮށް އަމަލުކުރަމުން އަންނަ ގާނޫނުއަސާސީއާ ހިލާފު "އެންޓި-ޑިފެކްޝަން" ގާނޫނަކީ ވެސް މަތިން ތިރިއަށް ހިންގާ ނިޒާމެކެވެ. މެންބަރުން ރައްޔިތުންނަށް ޖަވާބުދާރީ ކުރުވުމުގެ ބަދަލުގައި، ޕާޓީގެ ކުޑަ ކޮމިޓީއެއްގެ މުށުތެރެއަށް ބާރުތައް ޖަމާކުރާ ގާނޫނެކީ އެންޓިޑިފެކްޝަން ގާނޫނެވެ. ފައްޔާޒު ވިދާޅުވަނީ އެއީ ވެރިކަމުގައި ހުންނަ މީހަކަށް ދެވޭ ޑިމޮކްރަސީއާ މުޅިން ބީރައްޓެހި ބާރެއް ކަމުގައެވެ.

    ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށްވުރެ ބޮޑަށް ޕާޓީގެ ބާރު ގަދަވެ، ރައްޔިތުންގެ އެއްވެސް ބަހެއް ނެތި، ރައްޔިތުން އިންތިހާބުކުރި މެންބަރުން ވަކިކުރުމުގެ ބާރު ޕާޓީއަށް ލިބިގެން ދާކަން ފައްޔާޒު ފާހަގަ ކުރައްވައެވެ. ފައްޔާޒު ވިދާޅުވާހެން މެންބަރުން އިންތިހާބު ކުރަނީ ޕާޓީއަކަށް ހިދުމަތް ކުރާކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. އަނެއްކޮޅުން މެންބަރުން އިންތިހާބު ކުރަނީ ހަމައެކަނި ޕާޓީ މެންބަރުންގެ ވޯޓުން އެކަންޏެއް ނޫނެވެ. އެންޓި ޑިފެކްޝަން ގާނޫނުން ގެނައި ބަދަލަކީ ފެހި ގާނޫނުއަސާސީގެ އެންމެ މުހިންމު އަސާސް ކަމަށްވާ ބާރުތައް ވަކިވެފައި އޮތުން ފުނޑުފުނޑުކޮށްލި ބަދަލެއްކަމަށް ފައްޔާޒު ވިދާޅުވެއެވެ. 

    ޕާޓީ ބަދަލުކުރުމުގެ (ފްލޯ-ކްރޮސިން) މައްސަލައަށް އޮތް ހައްލެއް ގޮތުގައި ފައްޔާޒު ފާހަގަކުރައްވަނީ ހުދުމުހުތާރު ގޮތަކަށް މެންބަރުން ވަކިކުރުމުގެ ބަދަލުގައި، މެންބަރަކު ރައްޔިތުން ހަވާލުކުރި މެންޑޭޓަށް ހިޔާނާތްތެރިވެއްޖެކަން ނިންމުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމުގެ މުހިންމުކަމެވެ.

    ފައްޔާޒު ވިދާޅުވާ ގޮތުގައި "ރިކޯލް ޕެޓިޝަން" އަކީ އިންތިހާބުކުރި މީހާގެ މައްޗަށް ރައްޔިތުންގެ ރުހުމެއް ނެތްކަން ހާމަކުރަން އޮތް އެންމެ ފަހުގެ ވަސީލަތެވެ. ރައްޔިތުން އިސްނަގައިގެން ހުށަހަޅާ މިފަދަ ހުށަހެޅުމެއްގެ ޝަރުތުތައް ހަމަވުމުން، ވަގުތުން ރިފަރެންޑަމްއެއް ނަގައި، ރައްޔިތުންގެ ބަސް ހޯދުމުގެ މުހިންމުކަން ފައްޔާޒު ފާހަގަ ކުރައްވައެވެ.

    ރިކޯލް ވޯޓެއް ނެގުމަށްޓަކައި، އެންމެ ފުރަތަމަ ރައްޔިތުންގެ އެކަށީގެންވާ މިންވަރެއްގެ ޝައުގުވެރިކަން އޮތްކަން ސާބިތުކޮށްދޭން ޖެހޭކަންވެސް ފައްޔާޒު ފާހަގަ ކުރައްވައެވެ. މީހަކު އިންތިހާބު ކުރަނީ ރައްޔިތުންގެ އަގުލަބިއްޔަތުން ކަމުން އޭނާ ވަކިކުރަން އެދޭ މީހުންގެ އިންސައްތަވެސް އެކަށީގެންވާ މިންވަރަކަށް ހުންނަން ޖެހޭނެކަމަށް ވެސް ފައްޔާޒު ދެކިވަދައި ގަންނަވައެވެ.

    ކުދިކުދި ކަންކަމާ އިންތިހާބީ މަންދޫބުން ބަދަލުކުރުމަކީ ބުއްދިވެރި ގޮތް ނޫންކަމުން އިންތިހާބީ މަގާމެއްގައި ހުންނަ މީހަކު އެހާ ފަސޭހައިން ވަކިކުރެވިގެން ނުވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. މީހަކު މަގާމަކުން ވަކިކުރަން ޖެހެނީ ބޮޑެތި ގޯސްތަކެއް ފެނި، އޭނާ ވަކިކުރުމަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވުމުން ކަމަށް އަދަދު ނޫހުގައި ފައްޔާޒު ލިޔުއްވި އާޓިކަލްގައި ބަޔާން ކުރައްވާފައިވެއެވެ.

    ]]>
    Wed, 25 Feb 2026 14:48:48 +0500 މުއާޒު
    ޒަރިޔަންދުގެ ޖޯލިފަތި ތަރައްގީއަކީ ދަމާ ހީލަތުގެ ދަލެއް! https://heerasnews.com/3899 https://heerasnews.com/3899 ހޮޅި ވައުދު ވުމަށް ނަންވާނީ މުއިއްޒެވެ. ކަންކަން ހާސިލުކުރަން ނުކުރެވޭނެހާ ކަންކަމުގެ ވާހަކަ ދައްކައިގެން ވައުދު ވުމުގައި މުއިއްޒަށްވުރެ އެންމެ ތަންފުކެއްވެސް ޒަރިޔަންދު ދެރައެއް ނޫނެވެ. މާލެ ސިޓީ މޭޔަރުކަން ހޯދުމުގެ އެދުން ބޮޑުކަމުން ޒަރިންޔަންދަށް ވެސް ކިޔޭނުކިޔޭ ނޭނގެއެވެ. 

    މާލެ ސިޓީ ކައުންސިލަކީ 18 މެންބަރުންގެ މައްޗަށް އެކުލެވިފައި އޮންނަ ތަނެކެވެ. ސިޓީ ކައުންސިލްގައި އަލަށް ސިޔާސަތެއް އެކުލަވާލިޔަސް ބޮޑު ހަރަދެއް ކުރިޔަސް އުސޫލެއް ބަދަލުކުރިޔަސް ކައުންސިލުން ފާސްކުރަންޖެހެއެވެ. މޭޔަރުކަމުގައި ހުންނަ މީހަކަށް ކަންކަން ކުރެވޭނީ ކައުންސިލުން ފާސްކޮށްގެންނެވެ. މޭޔަރގެ ހައިސިއްޔަތުން އިހުތިޔާރު އޮންނަނީ ދާދި މަދު ކަންކައްތަކެއް ކުރުމަށެވެ. ނިޒާމީ ބޮޑު ބަދަލެއް އަންނަ އެއްވެސް ކަމެއް މޭޔަރަށް ވިޔަސް އޮންނަނީ ކުރެވޭ ގޮތަކަށް ނޫނެވެ.

    ސިޓީ ކައުންސިލް ތަރުތީބުވެފައި އޮންނަ ގޮތުން ސިޓީ ކައުންސިލްގެ މެޖޯރިޓީ ކޮންޓްރޯލް ނެތި މޭޔަރަކަށް ހުންނަ މީހަކަށް ނިޒާމީ އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. ބޮޑު ޕާޓީއެއްގެ ޓިކެޓްގައި މޭޔަރކަން ކުރައްވަމުން ގެންދަވާ އާދަމް އާޒިމް ފަދަ ހީވާގި ހިންގުންތެރި މޭޔަރަކަށް ވެސް އެ އުޅުއްވަނީ ގިނިކަންޏާ ހުންނެވުމުން ގެންނަވަން ބޭނުން ބަދަލުތައް އެގޮތުގައި ގެނެސް ނުދެއްވިގެންނެވެ. ކާނު ސާފުކުރުމާއި ޕާކްތަކާއި މައިޒާންތަކުގެ އާބާތުރަ ފިލުވުން ފަދަ ކަންކަން ފިޔަވާ މާބޮޑެތި ކަންތައްތަކެއް އެ އުޅުއްވަނީ ނުކުރެއްވިގެންނެވެ.

    ބޮޑު ޕާޓީއެއްގެ ޓިކެޓާއި ނުލާވެސް މޭޔަރކަމަށް ނިކުމެ މާލޭ މީހުން ޖައްވައް ގެންގޮސްދޭން ވައުދު ވެވިދާނެއެވެ. ސުވާލަކީ ކައުންސިލްގެ ކޮންޓްރޯލް ނެތި މޭޔަރަކަމަށް ޒަރިޔަންދު އައިސްގެން އެ ބުނާ ވައުދުތަކެއް ޒަރިޔަންދަށް ފުއްދޭނެހެއްޔެވެ. ނުފުއްދޭނެކަން ކަށަވަރެވެ. 

    މާލޭގައި ކުއްޔަށް އުޅޭ މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކުޑަކޮށް، އަގުހެޔޮކޮށް ކުއްޔަށް ތަންތަން ހަމަޖެއްސުމަށް މުނިސިޕަލް ހައުސިން ސްކީމެއް ގާއިމުކުރާނެ ކަމަށް ޒަރިޔަންދު ބުނާއިރު އެކަން ކުރާނީ ޒަރިޔަންދުގެ ޖީބުން ހެއްޔެވެ. މިނިމަމް ވޭޖުގެ 70 ޕަސެންޓަށްވުރެ ކުލި ބޮޑުނުވާގޮތަށް ވަގުތީ ވިޔަސް ދާއިމީ ވިޔަސް މާލޭގައި ބޯހިޔާވަހިކަން ދެވޭވަރުގެ ގާބިލުކަމެއް ސިޓީކައުންސިލަކު ނުހުންނާނެއެވެ. މާލޭގައި ބޯހިޔާވަހި ކަމަކީ ސަޕްލައިއަށްވުރެ ޑިމާންޑް ބޮޑުތަނުން ބޮޑު ކަމެކެވެ.

    އެހެން ނޫނަސް މުނިސިޕަލް ހައުސިންގ ސްކީމެއްގެ ގާބިލުކަން ސިޓީ ކައުންސިލުން ހޯދަން ޒަރިޔަންދު ޖަހާހާ ބެރަކަށް ނަށާނެ ކައުންސިލަރުންނެއް ނުތިބޭނެއެވެ. ސިޓީ ކައުންސިލްތަކުގައި ތިބޭނީ ސިޔާސީ ޕާޓީތަކުގެ ޓިކެޓްގައި އެ ޕާޓީއެއްގެ ސިޔާސަތުތައް ތަންފީޒު ކުރަން ހޮވިފައި ތިބި ބައެކެވެ. ކައުންސިލްގެ ކޮންޓްރޯލް އޮންނާނީ ސިޔާސީ ޕާޓީ ތަކުގައެވެ.  

    މޭޔަރު ކަމަށް އިންތިހާބުވުމަށްފަހު ދައުރުގެ ތެރޭގައި މާލޭގައި ޖުމްލަ 8،000 ޕާކިން ޖާގަ ގާއިމުކުރާނެ ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދަން އެނގޭ ކަމަށް ޒަރިޔަންދު ބުންޏަސް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ. ރައީސް މުއިއްޒުވެސް ވެރިކަމަށް އަންނަން އުޅުނުއިރު ދަރަނި އޮތް ކަމާއި ދަރަންޏާ މެދު ކަންބޮޑުވުމެއް ނެތްކަމާއި ދަރަނި އަދާކުރަން ފައިސާ ހޯދަން އެނގޭކަމާއި ދިއްލިފައި ހުރި ފެހި ސިގްނަލްތައް ދެއްކިއެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. ޒަރިޔަންދު ބޭނުންވާ ގޮތަށް ލޯކަލް އޮތޯރިޓީ ކުންފުންޏާއި ކޮޕަރޭޓް ސޮސައިޓީ އުފައްދަން ފާސްކޮށް އެކަން ތަންފީޒު ކޮށްދޭނެ ކައުންސިލަރުންނެއް ސިޓީ ކައުންސިލަކު ނުތިބޭނެއެވެ. ކައުންސިލަރުން ސިޓީ ކައުންސިލަށް ގޮސް ތިބޭނީ އެމީހުން ތަމްސީލްކުރާ ސިޔާސީ ޕާޓީތަކުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށެވެ. ޒަރިޔަންދުގެ ޖޯލިފަތި ތަރައްގީ ތަންފީޒު ކުރާކަށް ނޫނެވެ. ޒަރިޔަންދުގެ ޖޯލިފަތި ތަރައްގީއަކީ މާލެ ސިޓީގައި ދަމާ ހީލަތުގެ ދަލެކެވެ. 

    ]]>
    Wed, 25 Feb 2026 13:48:35 +0500 މުއާޒު
    ހީރަސް ރެސިޕީ: ކަށިކެޔޮ މިލްކްޝޭކް https://heerasnews.com/3898 https://heerasnews.com/3898 ހީރަސް ރެސިޕީ މިއަދަށް ހާއްސަކޮށްލާނީ ކަށިކެޔޮ މިލްކްޝޭކްއަށެވެ. ކަށިކެޔޮ މިލްކްޝޭކަކީ ހޫނުގަދަ ދުވަހެއްގެ ރޯދަ ވީއްލުމަށް އެއްވަނައިގެ ބުއިމެކެވެ. ރެސިޕީއިން ތައްޔާރު ކުރެވޭނީ 2 ތަށްޓެވެ. 

    ބޭނުންވާ ތަކެތި:

    2 ޖޯޑު ތުނިކޮށް ކޮށާފައިހުރި ކަށިކެޔޮ

    ½ 1 ޖޯޑު ފިނިކޮށްފައިހުރި ފެން

    ½ 1 ޖޯޑު ވެނީލާ އައިސްކްރީމް

    1/3 ޖޯޑު ދިޔާ ކިރު

    2 ސައިސަމުސާ ހަކުރު

    ހަދާނެގޮތް:

    • ކަށިކޭލާއި ފެން މިކްސަރަށް އެޅުމަށްފަހު މިކްސަރު ޖައްސައިގެން އެތަކެތިން އޮމާން ޕޭސްޓް ގަނޑެއް ހަދާށެވެ.
    • ޖަގެއް ނޫނީ އެކަހަލަ އެހެން އެއްޗެއްގެ ތެރެއަށް އެ ޕޭސްޓް ގަނޑު ފުރާނާލާށެވެ.
    • ރަނގަޅަށް ފުރާނާ ނިމުމުން ފުރޭނީގައި ހަރުލާފައިހުރި ބާކީ ބައި އުކާލާށެވެ.
    • ދިޔާ ކިރާއި، އައިސްކްރީމާއި، ހަކުރާއި، ފުރޭނި ކަށިކެޔޮ ފަނިކޮޅު މިކްސަރަށް އަޅާފައި މިކްސަރު ޖައްސައިގެން ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރާށެވެ.
    • ތަށިތަށްޓަށް އަޅާށެވެ. ބޭނުމިއްޔާ އިތުރު އައިސްކްރީމް ސްކޫޕެއް ކޮންމެ ތަށްޓަކަށް ވައްޓާލެވިދާނެއެވެ.
    ]]>
    Tue, 24 Feb 2026 16:00:29 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 6 https://heerasnews.com/3897 https://heerasnews.com/3897 ދުވަހުގެ ދުއާ:

    رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ، (آل عمران8)

    އަޅަމެންގެ ރައްބު! އަޅަމެންނަށް ތެދުމަގު ދެއްކުމަށްފަހު އަޅަމެންގެ ހިތްތައް އެމަގުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އިބައިލާހުގެ ހަޒްރަތުން އަޅަމެންނަށް ރަހުމަތް ލައްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ގިނަގިނައިން (ނިއުމަތް) ދެއްވާ އިލާހެވެ.

    ދުވަހުގެ ނަސޭހަތް:

    ކޮންމެ މީހަކަށްވެސް އުފާވެރިކަން ލިބޭނީ ހިތަށް ހަމަޖެހުން ލިބިގެންނެވެ. ފުރާނައަށް ފައިދާކުރާނީ ހިތަށް ހަމަޖެހުން ލިބުނުވަރަކުންނެވެ.

    ކޮންމެ މީހަކުވެސް ބޭނުންވާ ކަންކަން ވަރަށް ގިނަވާނެއެވެ. އެކަމަކު ހަމައެކަކަށްވެސް އެމީހާ ބޭނުންވާ ހުރިހާ ކަންކަން ހާސިލެއް ނުކުރެވޭނެއެވެ. ވީމާ ހާސިލުނުކުރެވޭ ކަންކަމާއިމެދު ވިސްނައި ކަންބޮޑުވާ މީހަކަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އެހެންވެ ހާސިލް ނުކުރެވި ހުންނަ ކަންކަމަށް ކަންބޮޑު ނުވާށެވެ. 

    ދުވަހުގެ ހިކުމަތުގެ ބަސް:

    ތިބާގެ ދިރިއުޅުން ކަނޑައަޅާނީ ތިބާއެވެ. އެހެން މީހުންނަށް ތިބާގެ ސްކްރިޕްޓް ލިޔަން ނުދޭށެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:17

    ފަތިސް:   05:05

    މެންދުރު:   12:23

    އަސުރު:   15:38

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Tue, 24 Feb 2026 14:50:58 +0500 މުއާޒު
    ފެންނަނީ އޮޅުވާލައިގެން ވޯޓު ކަރުދާސްކޮޅު ދޭން އުޅޭ މަންޒަރު: ފައްޔާޒް https://heerasnews.com/3896 https://heerasnews.com/3896 ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅު ހެއްދެވުމުގެ ގޮތުން އުސްތާޒު ފައްޔާޒު އިސްމައީލް އަދަދު ނޫހުގައި ލިޔުއްވި ލިއުމެއްގައިވެއެވެ. އެ ބޭފުޅުންގެ ނަޒަރުގައި ރާއްޖެއަށް ބޭނުންވަނީ ރައްޔިތުންގެ ބަހެއް ނެތި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާނެ ބައެކެވެ. އެ މީހުން ދެކެނީ ރައްޔިތުންނަކީ ކަންކަން އަމިއްލައަށް ނިންމުމުގެ ވިސްނުމާއި ފެންވަރު ނެތް ދަށު ދަރަޖައިގެ ބައެއްގެ ގޮތުގަ އެވެ. ވޯޓު ފޮށިން ވެރިކަމަށް އާދެވެމުން ޑިމޮކްރަސީ އެ މީހުންނަށް ނިމުނީ އެވެ. ވެގެންވަންޏާ އިންތިހާބެއް ވެސް ނުބާއްވާނެ އެވެ.

    ފައްޔާޒު ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމަށް ހުށަހެޅީ ވެސް އެކަމަށް މަގުފަހި ކުރުމަށެވެ. ރައީސް މުއިއްޒަށް ނުވަތަ އެހެންވެސް ރައީސަކަށް، ބާރުތައް މުށުތެރެއަށްލުމަށް ފަސޭހަވާނެ އެއްވެސް ފުރުސަތެއް ދިނުމަކީ، ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އެހެންކަމުން، ސަރުކާރުގެ މި ހީލަތްތެރި ހުށަހެޅުން ބަލައިނުގަތުމަށް ހުރިހާ ބޭފުޅުންނަށް ފައްޔާޒް އިލްތިމާސްކުރައްވައެވެ. އޭގެ ބަދަލުގައި، ރައްޔިތުންގެ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ހައްލަކަށް މަސައްކަތްކުރަމަށް ގޮވާލައްވައެވެ. 

    ފައްޔާޒު ވިދާޅުވާ ގޮތުގައި ގައުމީ ފެންވަރެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެންމެ ފަހުން ނެގީ މީގެ 19 އަހަރު ކުރިންނެވެ. އެއީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނެގި ވޯޓެވެ. ވަރުގަދަ މައުލޫމާތުގެ ކެމްޕެއިން މުޅި ރާއްޖޭގައި ހިންގިއެވެ. އަދިވެސް ގޭގޭގެ ފާރުތަކުން އެ ކެމްޕޭނުގެ ދަވާދު ނުފިލައެވެ. އެހެން ނަމަވެސް މިފަހަރު މި ފެންނަނީ އޮޅުވާލައިގެން، ސިއްރިއްޔާތުގައި އަވަސް އަރުވާލައިގެން ހަމައެކަނި ވޯޓު ކަރުދާސްކޮޅު ދޭން އުޅޭ މަންޒަރުކަމަށް ފައްޔާޒް ވިދާޅުވެއެވެ. 

    މިހާރު ރާއްޖޭގައި މިއޮތް ދައުލަތުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ފައްޔާޒް ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.  ޖަވާބުދާރީ ކުރުވުމުގެ ނިޒާމާ މިހާ ފަސޭހައިން ތޮޅެވޭ ގޮތަށް އޮވެގެން ނުވާނެ ކަމަށާއި "ދައުރު މެދު" އިންތިހާބާއި ރިކޯލް ނިޒާމަކީ ވެސް ގެނެވިދާނެ ބަދަލުތަކެއް ކަމަށް ފައްޔާޒް ދެކެވަޑައި ގަނެއެވެ. ރައްޔިތުންގެ މަޖިލިސް އެކުލެވޭ ގޮތާ މެދު އަލުން ވިސްނަން ޖެހޭ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. 

    ]]>
    Tue, 24 Feb 2026 13:25:34 +0500 މުއާޒު
    އިސްލާހުކުރަން ފުރުސަތު ލިބި އެކަމާ ނޫޅުނީ ޒަރީރު https://heerasnews.com/3895 https://heerasnews.com/3895 އެންމެންނަކީ ކަނު ބީރު މަންމަނުންނެއް ނޫނެވެ. ކާކުކުރީ ކީއްކަމާއި ކާކުކު ދެއްކީ ކޮން ވާހަކައެއްކަމާއި ކާކުއުޅުނީ ކިހިނެތްކަން ގިނަ މީހުނަށް އެނގެއެވެ. ޗަރުކޭސް ކުޅެގެން މީހުންގެ ލޮލުގައި އަނދުން އެޅުވޭނީ ވަކިވަރަކަށެވެ. 

    އެންމެ ފަހުން އޮތް އެމްޑީޕީ ސަރުކާރުގައި އެންމެ ބާރަށް ނަގާކީ އެއް މެންބަރަކީ އޭރުވެސް މިހާރު ވެސް މަތިވެރި ދާއިރާގެ މެންބަރ ހަސަން ޒަރީރެވެ. އޭރު އޮތް އެމްޑީޕީ ސަރުކާރުން ކުރިކަމެއް ކުރީ ހަސަން ޒަރީރުގެ ބައިވެރިވުމާއި ތާއީދާވެސް އެކުގައެވެ. ނުކުރި ކަމެއް ނުކޮށް އޮތީވެސް ހަސަން ޒަރީރުގެ ބައިވެރިވުމާއި ތާއީދާވެސް އެކުގައެވެ. 

    އެމްޑީޕީއަށް ކަންކަން އިސްލާހު ކުރަން ފުރުސަތު ލިބި ނުކުރި ވާހަކަ ދައްކަން އެންމެ ނުތާހިރު އެކަކީ މަތިވެރި ދާއިރާގެ މެންބަރ ހަސަން ޒަރީރެވެ. ފުރުސަތު ލިބި އެމްޑީޕީން ކަންކަން ނުކުރި ވާހަކަ ޓީވީތަކުގައާއި މަޖިލީހުގެ ތަޅުމުގައި ޒަރީރު ދައްކާކަށް ރީއްޗެއް ނޫނެވެ. އޭރުވެސް މިހާރުވެސް ފޫގަޅާފައި ޒަރީރު އުޅެނީ ކައިރިއަށް ބޮޑުކުރަން ކަމަށް މީހުން ބުނެއުޅެއެވެ. އުޅޭ ގޮތުންނާއި ކުރާ ކަންކަމާއި ދައްކާ ވާހަކައިން އެނޫން ކަމެއް ދޭހައެއް ވަނީއެއް ނޫނެވެ. 

    ރައީސް ސޯލިހުގެ ވެރިކަން ނިމި ރައީސް މުއިއްޒުގެ ވެރިކަން ފެށުމާއެކު މަޖިލީހުގެ ތަޅުމުގައި ހަސަން ޒަރީރުމެން ޖެހި ސަކަރާތް ހަނދާން ނެތޭހާ ދުވަހެއް އަދިނުވެއެވެ. ރައީސް މުއިއްޒުގެ ތިންވަޒިރަކަށް ރުހުން ނުދީ މުއިއްޒާ ދެކޮޅަށް އޭރު ޒަރީރު ދެއްކިހާ ވާހަކައަކީ ހައްގު މަގުގައި ދެއްކި ވާހަކަ ކަމަށް އޭރު ބުނަމުން ދިޔައެވެ. އޭރަކު އެމްޑީޕީ ވަރެއް ޒަރީރަކަށް ނެތެވެ.

    ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމަށް ރައްޔިތުން މަޖިލީހުން ނިންމަން އެންމެ ގަދައަށް މަސައްކަތްކުރި އެކަކީ ހުދު ހަސަން ޒަރީރެވެ. ކެންޕެނު ކުރުމުން ފެށިގެން ވެރިކަމަށް ހުވާކޮށް ވެރިކަން ކުރަން ފެށީއްސުރެ މުއިއްޒަށް ކުރެވުނު ރަގަޅު އެއްކަމެއް އޮތް ކަމަކަށް ޒަރީރަކަށް ނުވިއެވެ. 

    ރެއަކަށް އިރު އޮއްސި އިރު އެރިއިރު މުއިއްޒަކީ ކުށެއް ބުށެއް ނެތް ސާފު ބޯކިރުކޮޅަކަށް ޒަރީރަށް ވެއްޖެއެވެ. އެ ޕަޓީއަކައިގެން މަރުދަން ޖެހުނު އެމްޑީޕީ ގުއިވެ މުއިއްޒާއި މުއިއްޒު ޕާޓީ ވަރެއް ނެތިއްޖެއެވެ. ރަތް މަހަށް ނުގޮވާހާ އެއްޗެތި ޒަރީރު އެމްޑީޕީއަށް ގޮވާކަށް ޖެހެލުމެއް ނުވިއެވެ. ލަދެއް ނުގަނެއެވެ. ވާނީ އެހެންތާއެވެ. ފެންނެތްތާ ބަކަތަޅާކަށް ޒަރީރު ބޭނުމެއް ނޫނެވެ. ކަލާސީނަށް ނައު ބާނުވާ އުސޫލުން އަބަދުވެސް ވެރިކަމުގައި އޮންނާނީ ޒަރީރު ޕާޓީއެވެ. 

    ]]>
    Tue, 24 Feb 2026 13:02:49 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 5 https://heerasnews.com/3894 https://heerasnews.com/3894 ދުވަހުގެ ދުއާ:

    قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَنْ تَشَاءُ وَتَنْزِعُ الْمُلْكَ مِمَّنْ تَشَاءُ وَتُعِزُّ مَنْ تَشَاءُ وَتُذِلُّ مَنْ تَشَاءُ بِيَدِكَ الْخَيْرُ إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ ” (آل عمران 26)

    ކަލޭގެފާނު ވިދާޅުވާށެވެ! އޭ ﷲ! އެންމެހައި ތަކެއްޗެއްގެ ވެރިއިލާހު! އިބައިލާހު އެދިވޮޑިގެންވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި އިބައިލާހު، އެދިވޮޑިގެންވާ މީހެއްގެ އަތުން ވެރިކަން އަތުލަށްވަމުއެވެ. އަދި އިބައިލާހު އެދިވޮޑިގަންނަވާ މީހަކަށް ޢިއްޒަތް ދެއްވަމުއެވެ. އަދި އިބައިލާހު އެދިވޮޑިގަންނަވާ މީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހައި ހެޔޮކަންތައްވަނީ ހަމައެކަނި އިބައިލާހުގެ އަތްޕުޅުގައެވެ. ހަމަކަށަވަރުން އިބައިލާހީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

    ދުވަހުގެ ނަސޭހަތް:

    ސޮދަގާތް ކުރުމަކީ ހަމައެކަނި ތަނަވަސް މީހުން ނުވަތަ ތިމާއަށް ބޮޑު ތަނަވަސްކަމެއް ލިބުމުން ކުރަން އޮތް ކަމެއް ނޫނެވެ. ސޮދަގާތް ކުރުމަކަށް ނުވަތަ ސޮދަގާތްކުރުން ގިނަކުރުމަކަށް ވަކިއުމުރެއް ނެތެވެ. ސޮދަގާތްކުރަން ވަކި އުމުރެއް ނެތީ މަރުވާނެ ވަކިއުމުރެއް ނުއެނގޭތީއެވެ. ކޮންމެ އުމުރެއްގައި މަރުވިނަމަވެސް ސޮދަގާތުގެ ސަވާބު ދެއްވަވާނީ ސޮދަގާތްކޮށްފައި ވާނަމައެވެ.  

    ތަނަވަސްކަން ދެއްވަވައިފިނަމަ ސޮދަގާތްކުރުން ގިނަކުރާށެވެ! އެނިޢުމަތް ކޮންމެވަގުތަކުވެސް އަތުން ބީވެގެން ހިނގައިދާނެއެވެ. އެއިރުން އޮންނާނީ ކުރިން ނުކުރެވުނީތީ ހިތާމަކުރަން ޖެހިފައެވެ. ސޮދަގާތްކުރުން ގިނަކުރުމަކީ ނިއުމަތް އިތުރުކުރައްވަވާ ކަމެކެވެ.  

    ދުވަހުގެ ހިކުމަތުގެ ބަސް:

    ކިތަންމެ މަޑުން ދިޔަސް ހުއްޓާނުލަންޏާ ކުރިއަށް ދާނެއެވެ.

    ދުވަހުގެ ނަމާދު ވަގުތު:މާލެ ސިޓީ

    * އިރުއެރީ: 06:18

    ފަތިސް:   05:06

    މެންދުރު:   12:24

    އަސުރު:   15:39

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Mon, 23 Feb 2026 15:12:56 +0500 މުއާޒު
    ރައްޔިތުން ބޭނުންވަނީ ރަށުގެ ބާރުވެރިކަން ރަށަށް ގެންނަން: ޝާހިދު https://heerasnews.com/3893 https://heerasnews.com/3893 ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ތާއީދު ހޯއްދެވުމަށް ހއ.ގެ ބައެއް ރަށްރަށަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ކުރެއްވި ދަތުރު ނިންމަވާ ލައްވައިފިއެވެ.

    ދަތުރަށް ފަހު ޝާހިދު ވިދާޅުވީ ހއ މާރަންދޫ، ބާރަށް، ކެލާ، ފިއްލަދޫ، ވަށަފަރު، ދިއްދޫ، ހޯރަފުށި، މޮޅަދޫ އަދި އިހަވަންދުއަށް މިކުރި ދަތުރުގައި އެރަށް ރަށުގެ އެމް ޑީ ޕީ ޓީމުން ވިދާޅުވި ހޫނު މަުރުހަބާއަށް ފަށްފަށުން ޝުކުރުދަންނަވާ ކަމަށެވެ. 

    އޮނަރަބަލް ޝާހިދު ވިދާޅުވީ އެރަށްރަށުން ފެނިވަޑައިގަތީ ސަރުކާރުން ރަށްތަކަށް އަޅާނުލައި އޮތް މިންވަރު ކަމަށެވެ.

    ރައްޔިތުން ބޭނުންވަނީ ރަށުގެ ބާރުވެރިކަން ރަށަށް ގެނެސް، ރައްޔިތުންނާ ގާތުން ހިދުމަތްތައް ދޭނެ ކައުންސިލްތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

    މިދަތުރުން ފެނިވަޑައިގަތީ ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް ގަދަ ހިތްވަރާއެކު ނިކުމެ ތިބި އެމްޑީޕީ ކެންޑިޑޭޓުންނާއި، އެކެންޑިޑޭޓުންގެ ފަހަތުގައި ތިބި އެމްޑީޕީ ސަޕޯޓަރުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ރަށްރަށުން އެމްޑީޕީއަށް ކުރާ ތާއީދަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ފަށްފަށުން ޝުކުުރު އަދާކުރައްވައެވެ. 

    ]]>
    Mon, 23 Feb 2026 13:37:27 +0500 މުއާޒު
    ކިތަންމެ ބިރުދެއްކިޔަސް ހަނިމާދޫ އޮތީ އެމްޑީޕީއާއި އެކު: ޝާހިދު https://heerasnews.com/3892 https://heerasnews.com/3892 ބިރު ދެއްކިޔަސް، އިންޒާރު ދިނަސް ހަނިމާދޫގެ ގޮނޑިތައް ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު އެހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުގައި ހދ. ހަނިމަދޫއަށް ވަޑައިގަތުމަށް ފަހުގައެވެ. 

    "އަޅުގަނޑު މިހިރީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި. މިއީ އަޅުގަނޑުމެން ބިނާކުރި ފަޚުރުވެރި އެއާޕޯޓު. އަޅުގަނޑާއެކު މި ތިއްބެވީ ހަނިމާދޫގެ ކައުންސިލާއި ޑަބްލިޔުޑީސީއަށް ކުރިމަތިލައްވާ ހިތްވަރުގަދަ އެމްޑީޕީގެ ފަހުލަވާނުން." ކަމުގައި ވިދާޅުވެ ކެންޑިޑެތުންނަށް ޝާހިދު ހިތްވަރު ދެއްވިއެވެ.   

    އެމްޑީޕީގެ ކެންޑިޑޭޓުންނަށް ބިރު ދެއްކުމަށްޓަކައި ހަނިމާދޫ އެއާޕޯޓުގައި ވަޒީފާ އަދާކުރާ އެތައް ބަޔަކު ވަޒީފާގެ އަޅުންކަމުގައި ހަދައިފިކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވަނީ ކިތަންމެ ބިރު ދެއްކިޔަސް، ކިތަންމެ އިންޒާރު ދިނަސް މިފަހަރު މި ކައުންސިލްގެ ގޮނޑިތައް ކާމިޔާބު ކުރާނީ ހަމަ އެމްޑީޕީ ކަމަށެވެ. 

    "ބިރު ފަހަނައަޅާ ނުކުންނަވާ - ވަޒީފާގެ އަޅުންނަށް ވެވަޑައި ނުގަންނަވާ. މި ރާއްޖެ ސަލާމަތްކޮށްދެއްވާ!" ޝާހިދު ވިދާޅުވިއެވެ. 

    ]]>
    Mon, 23 Feb 2026 01:44:12 +0500 މުއާޒު
    ރައްޔިތުންގެ ބާރު ދަމަހައްޓަން އިންތިހާބުތައް މުހިންމު: ފައްޔާޒު https://heerasnews.com/3891 https://heerasnews.com/3891 ރައްޔިތުންގެ ބާރު ދަމަހައްޓަން އިންތިހާބުތައް މުހިންމު ކަމަށާއި ސަރުކާރުން ބޭނުންވާ ގޮތަށް އިލެކްޝަން ސައިކަލްއަށް ގެންނަ ބަދަލުގެ ސަބަބުން ބާރުތައް ވަކިވެފައި އޮންނަން ޖެހޭ މި ނިޒާމުގެ ބެލެންސް އެއްކޮށް ގެއްލޭނެ ކަމަށް އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އަދަދު ނޫހުގައި ފައްޔާޒު މިހެން ވިދާޅުވީ ދެއިންތިހާބު އެއްކޮށްލުމަށް ރައީސް މުއިއްޒު ސަރުކާރުން ކުރަމުންދާ މަސައްކަތާ ދެކޮޅު ހައްދަވާ ލިޔުއްވި އާޓިކަލެއްގައެވެ. 

    ފައްޔާޒު ވިދާޅުވާ ގޮތުގައި ސަރުކާރުން ބޭނުންވާ ގޮތަށް އިލެކްޝަން ސައިކަލްއަށް ގެންނަ ބަދަލުގެ ސަބަބުން މިހާރު ވެސް ދިވެހިންގެ ތެރޭގައި ވަކި ހިއްޕާލާފައި އޮތް ޕޮޕިއުލިސްޓު ރެޓޮރިކަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ. ފައްޔާޒު ވިދާޅުވާ ގޮތުގައި ދުރު މުސްތަގުބަލަށް ފައިދާކުރާ ނިންމުންތަކަކީ ބައެއް ފަހަރު އާންމުންގެ މެދުގައި މަގުބޫލު ނިންމުންތަކެއް ނޫނެވެ.

    އެހެން ނަމަވެސް، ރައްޔިތުންގެ ވިންދަށް ނުބަލާ ވެރިންނަށް ދޭނެ އިތުރު ދޫތަކެއް އަޅުގަނޑުމެން (ރައްޔިތުން)ގެ އަތަކު ނެތްކަމަށް ވިދާޅުވަމުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ވިދާޅުވަނީ ގިނަ ފަހަރު އިންތިހާބު ކުރާ މަންދޫބުންނާއި ވެރިން ރައްޔިތުންގެ މަސްލަހަތު އިސް ނުކުރާ ކަމަށާއި އިސްކުރަނީ އަމިއްލަ މަސްލަހަތު ކަމަށެވެ.

    ރައްޔިތުންގެ އިތުބާރު ހޯދައި، އުނދަގޫ ނިންމުންތައް ނިންމުމަށް ބޭނުންވާ ޖާގަ ރައްޔިތުންގެ ފަރާތުން ހޯދުމަކީ ވެރިއެއްގެ ޒިންމާއެއް ކަމަށާއި ބުރަދަނެއް ނެތް ބަހަނާތައް ދައްކައިގެން، ބާރުގައި ތިބޭ މީހުން، އެ މީހުން ޖަވާބުދާރީވާން ޖެހޭ ރައްޔިތުންނާ ދުރުކޮށް، އެކަހެރިކުރުމަކީ ހަގީގީ ޑިމޮކްރަސީއާ މުޅިން ހިލާފު، ހީލަތްތެރި ކަމެއްކަމަށް ގާނޫނީ ވަކީލް ފައްޔާޒް އިސްމާއީލް ވިދާޅުވެއެވެ.

    ގާނޫނުއަސާސީ ބަދަލުކުރުމަކީ ލުއިފަސޭހަ ގޮތަކަށް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ އެއީ ދިވެހި ދައުލަތް އޭގެ މައްޗަށް ބިނާވެފައިވާ ބިންގާ ކަމަށެވެ. ގާނޫނުގެ ވެރިކަމާއި، ޗެކްސް އެންޑް ބެލެންސްގެ އުސޫލުތަކާއި ހަމަތައް ދެމިއޮންނަނީ އެ ބިންގަލުގެ މަތީގައި ކަމަށާއި ގާނޫނުއަސާސީ އަކީ ރައްޔިތުންގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކުރާ ފަރާތްތަކާއި (މަޖިލިސް، ކޯޓުތައް، ސަރުކާރު) ރައްޔިތުންނާ ދެމެދު ވެވޭ އަހުދުނާމާއެއް ކަމަށް ކުރީން މަޖިލިސް މެންބަރުކަންވެސް ކުރައްވާފައިވާ ފައްޔާޒު ވިދާޅުވެއެވެ. ފުޅާ ދާއިރާއެއްގައި މަޝްވަރާނުކޮށް، މަދު ގަޑިއިރުތަކެއް ތެރޭ ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ މި އަހުދުނާމާއާ ކަނޑައެޅިގެން ހިލާފުވުން ކަމަށް ފައްޔާޒް ސިފަކުރެއްވިއެވެ. އެއީ ގާނޫނީ، ސިޔާސީ އަދި އިޖުތިމާއީ ހާލަތަށާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްގެން ފުންކޮށް ވިސްނައިގެން ކުރަންޖެހޭ ކަމެއް ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

    ރައީސް މުއިއްޒު ވަނީ، މި ގައުމުގެ ގަނޫނުތަކާއި ޑިމޮކްރަސީގެ އުސޫލުތަކަށް އެމަނިކުފާނު އިހުތިރާމް ނުކުރާކަން ތަކުރާރުކޮށް ދައްކަވާފައި ކަމަށް ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ މިއަދުގެ ސަރުކާރާއި އަދި އެ ފިކުރަކީ ވެސް ޑިމޮކްރަސީ ގަބޫލުކުރާ ބައެއް ނޫން ކަމުން ކަންވާނީ ވެސް އެހެން ކަމަށެވެ. ކޮންމެ ނަމެއް ކިޔަސް އެ ފިކުރުން އުފަންވި ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރަނީ ޑިމޮކްރަސީ މި ގައުމުން ފޮހެލުމަށް ކަމަށް ފައްޔާޒު ތުހުމަތު ކުރެއްވިއެވެ. ޑިމޮކްރަސީ ގަބޫލުނުކުރާ ކަމަށް ސާފު އިބާރާތުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ބޭފުޅުން އެ ގެންދަވަނީ ވަކާލާތު ކުރައްވަމުން ކަމަށް ކުރީން އިގުތިސޯދީ ވަޒީރުކަން ވެސް ކުރެއްވި ފައްޔާޒު ވިދާޅުވެއެވެ.

    ]]>
    Sun, 22 Feb 2026 20:03:07 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 4 https://heerasnews.com/3889 https://heerasnews.com/3889 ދުވަހުގެ ދުއާ:

    رَبَّنَا لا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلا تَحْمِلْ عَلَيْنَا إِصْراً كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلا تُحَمِّلْنَا مَا لا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ   [البقرة286 ]

    އަޅަމެންގެ ރައްބު! އަޅަމެނަށް ހަނދާންނެތި ކުރެވޭ ކުށްތަކަށާއި ގަސްތަކާނުލައި ކުރެވޭ ކުށްތަކަށް ޢަޒާބެއް ނުދެއްވާނދޭވެ! އަޅަމެންގެ ރައްބު! އަޅަމެންނަށް ވުރެ ކުރީގެ މީހުންނަށް ބުރަ ޖެއްސެވި ފަދައިން އަޅަމެންނަށް ބުރައެއް ނުޖައްސަވާނދޭވެ! އަޅަމެންގެ ރައްބު! އަޅަމެންނަށް ކުޅަދާނަ ވެގެންނުވާފަދަ ކަމެއް ކުރުމުގެ ބުރަ އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި އަޅަމެންނަށް އަފޫކުރައްވައި، އަޅަމެންގެ ފާފަ ފުއްސަވާނދޭވެ! އަދި އަޅަމެންނަށް ރަހުމަތްލައްވާނދޭވެ! އިބައިލާހީ އަޅަމެންގެ ކަންތައްތައް ބަލަހައްޓަވާ އެހީތެރިވެވޮޑިގެންވާ އިލާހެވެ، ފަހެ ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަސްރު ދެއްވާނދޭވެ!

    ދުވަހުގެ ނަސޭހަތް:

    ރިބާއަކީ ރުޅިވެރިކަމާއި އަދާވާތްތެރިކަން ފަތުރާ، މުދަލުގެ ދަހިވެތިކަން ހިތުގައި އަށަގަނުވާ އެއްޗެކެވެ. ހަމައެއާއިއެކީ ރިބާގެ ސަބަބުން އިގުތިސާދީ މާލީ ނިޒާމުގެ އަދުލުވެރިކަން ގެއްލި، މުދާވެރިން އިތުރަށް މުއްސަދިވެ، ނިކަމެތިން އިތުރަށް ނިކަމެތިވެގެންދެއެވެ. އެހެންކަމުން ރިބާއަކީ މުޖްތަމަޢެއްގެ އިގުތިސާދީ ހިނގުން ހުއްޓުވާލާ، ދޭދޭ ފަރުދުންގެ މެދުގައި އޮންނަންޖެހޭ އިސްލާމީ އުހުއްވަތްތެރިކަމުގެ ގުޅުމަށް ބުރޫއަރާކަމަކަށްވާތީ އިސްލާމްދީނުގައި ރިބާ ހަރާމްވެގެންވެއެވެ.

    ދުވަހުގެ ހިކުމަތުގެ ބަސް:

    ބަދަލުގައި ލޯބި ލިބޭނެކަމަށް ލޯބި ދިނުމަކީ ފެލިރާޅުފަށުގައި ދޮންވެލީން ގެއެއް އެޅުމެވެ.

    ދުވަހުގެ ނަމާދު ވަގުތު: މާލެ ސިޓީ

    * އިރުއެރީ: 06:18

    ފަތިސް:   05:06

    މެންދުރު:   12:24

    އަސުރު:   15:39

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Sun, 22 Feb 2026 14:51:28 +0500 މުއާޒު
    ޔޫކޭ ރޮދަރަމްގެ މޭޔަރ ކަމުގައި މުސްލިމް ކަނބަލެއް: ރުކުސާނާ އިސްމާއީލް https://heerasnews.com/3888 https://heerasnews.com/3888 އިނގިރޭސިވިލާތުގެ ރޮދަރަމްގެ 120 ވަނަ މޭޔަރުގެ މަގާމަށް އިންތިހާބުވެވަޑައިގަތް ރުހުސާނާ އިސްމާޢީލަކީ މުސްލިމެކެވެ. އެކަމަނާއަކީ 2021 ވަނަ އަހަރުން ފެށިގެން އެ ސިޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

    މޭޔަރ ރުހުސާނާއަކީ އެކަމަނާގެ މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުހަނު އިސްކަންދެއްވާ، އެކަމަށް ހާއްސަ ޝައުގު ވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އެ ސަބަބަށްޓަކައި، މެޖިސްޓްރޭޓެއްގެ މަގާމު ފުރުއްވުމާއި، ރޮދަރަމް ސަރަހައްދުގެ "ސައުތު ޔޯކްޝަޔާ ކޮމިއުނިޓީ ފައުންޑޭޝަން ޕެނަލް" ގެ މުގައްރިރުކަން ކުރެއްވުން ފަދަ އިތުރު ގިނަ ޒިންމާތަކެއް އެކަމަނާ އަންނަނީ އުފުއްލަވަމުންނެވެ. މީގެ އިތުރުން، "ޔުނިސަން" ޝެފީލްޑް ގޯފީގެ ވައިސް ޗެއަރގެ މަގާމާއި، ރޮދަރަމް އޭޖް ޔޫކޭ، ރޮދަރަމް ހޮސްޕައިސް އަދި ސައުތު ޔޯކްޝަޔާ އީޓިންގ ޑިސްއޯޑާ އެސޯސިއޭޝަންގެ ޓްރަސްޓީއެއްގެ ގޮތުގައިވެސް އެކަމަނާ ހިދުމަތް ކުރައްވައެވެ. އަދި މުޖުތަމައުގެ އެކި ގްރޫޕްތަކާއި ޕެނަލްތަކުގައިވެސް އެކަމަނާ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ. 

    ރޮދަރަމްގެ މޭޔަރ ރުހުސާނާ އިސްމާއީލް ވިދާޅުވަނީ މީގެ 10 ނުވަތަ 15 އަހަރު ކުރިން، އެކަމަނާއަކީ ކައުންސިލަރަކަށް، މެޖިސްޓްރޭޓަކަށް، ޗީފް އެގްޒެކެޓިވް އޮފިސަރަކަށް ނުވަތަ މޭޔަރަކަށް ވެދާނެތޯ މީހަކު ސުވާލުކުރި ނަމަ، އެކަމަނާ ވިދާޅުވީހީ އެއީ ހުވަފެނެއް ކަމަށެވެ. އެ ކަމަނާއަށް އެ ހުރިހާ ކަމެއް ހާސިލު ކުރެވުމަށްފަހު ކޮންމެ މީހަކަށްވެސް މިކަން ކުރެވޭނެ ކަމަށް އެކަމަނާ ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

    މޭޔަރ ރުކުސާނާ ވިދާޅުވާ ގޮތުގައި ބޭނުންވަނީ ހަމައެކަނި އަމިއްލަ ނަފްސަށް އިތުބާރު ކުރުމެވެ. ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވެނީ އެކަމަކަށް ބަހައްޓާ ފަރުވާތެރިކަމާއި ސާބިތުކަމުގެ ސަބަބުން ކަމަށް ރުކުޝާނާ ވިދާޅުވެއެވެ. ރުކުސާނާ ވިދާޅުވާ ގޮތުގައި މުޖުތަމައަށް ހިދުމަތް ކުރުމަކީ ހުރިހާ ކަމަކަށްވުރެ މާ މަތިވެރި އަދި މާނަވީ ކަމެކެވެ.

    މުސްލިމް އަންހެނަކަށް އިނގިރޭސި ވިލާތުގެ ރޮދަރަމް ފަދަ ސިޓީއެއްގެ މޭޔަރުކަން ލިބުމަކީ އިބުރަތުން ފުރެގެންވާ ކަމެކެވެ. ރޮދަރަމްގެ އާބާދީގެ 91 އިންސައްތައަކީ ދޮން ނަސްލުގެ މީހުންނެވެ. 49 އިންސައްތައަކީ ނަސޯރާދީނުގެ މީހުންނެވެ. 40 އިންސައްތައަކީ އެއްވެސް ދީނަކަށް ތަބާނުވާ މީހުންނެވެ. ގާތްގަނޑަކަށް 90 އިންސައްތަ ގައިރު މުސްލިމު ސިޓީ އެއްގެ މޭޔަރަކަށް މުސްލިމު ކަނބަލަކު ހޮވީ އޮޅުމަކުން ނޫނެވެ.

    ދީން އައްޑަނައަކަށް ހަދައިގެން މުސްލިމަކު މޭޔަރަކަށް ހުރެގެން އެމީހުންގެ އަގީދާ ފުށުން ޖަހާލަފާނެކަމަށް ބިރަކުން އެމީހުން ނޫޅެއެވެ. އިސްލާމު ދީނުގެ ރިވެތި އުސޫލުގެ މަތީގައި ގައިރު މުސްލިމު މުޖުތަމައެއްގައި އުޅެ ބޮޑުވެ ތައުލީމު ހާސިލްކޮށް މެޔަރކަމަ ހަމައަށް ރުކުސާނާ ވަޑައިގަތްއިރުވެސް އެކަމަނާގެ އަގީދާއާއި އިސްލަމީ ތަރުބިއްޔަތު އުނިވެގެން ނުދެއެވެ. 

    ވަކި ބަޔަކު ވެރިކަމުގައި ނެތިއްޔާ ރާއްޖޭގައި އިސްލާމްދީން ނެތިގެން ހިނގައިދާނެ ކަމަށް ވެގެން ނަފްރަތު ފަތުރަމުންދާ އިލްމުވެރިންނޭ ކިޔައިގެން އުޅޭ މީހުންގެ ޖާހިލުކަން ގައިރު މުސްލިމުންނަށް ވުރެވެސް  ބޮޑީތާއެވެ. ސައްތައިން ސައްތަ މުސްލިމު ދިވެހި ރައްޔިތުންގެ އެތައް ބަޔަކު ހިމެނޭ ޕާޓީއަކަށް ނިސްބަތް ވުމުން ލާދީނީ ޓެގް އަޅުވައިގެން ދީނުގެ ނަމުގައި ވެރިކަމަށް އައިސް ވެރިކަމުގައި ތިބެ ހިޔާނާތާއި ދޮގާއި މަކަރާއި ރިބާގައި ތަތްތެޅޭ މީހުނަށް ރުކުސާނާއަކީ އިބުރަތެކެވެ.       

    ]]>
    Sun, 22 Feb 2026 14:14:36 +0500 މުއާޒު
    އިހުމާލުގެ ސިލްސިލާ ނިންމަން ތިލަފަތަށް ވޯޓް ދެއްވާ! https://heerasnews.com/3887 https://heerasnews.com/3887 މާލޭގެ ރައްޔިތުންނަށް މާލެ ސިޓީގައި ހަގީގީ މޭޔަރެއް ހުރިކަމުގެ އިހްސާސް ފުރިހަމައަށް ވީ މި ދެ އަހަރު ތެރޭގައެވެ. މާލެ ސިޓީ ކައުންސިލަކީ ހަމައެކަނި އިދާރާއެއް ނޫންކަމާއި އެއީ ރައްޔިތުންގެ ހިދުމަތުގައި ތިބެންޖެހޭ ބައެއްކަން އާދަމް އާޒިމް ވަނީ ފާއިތުވެ ދިޔަ 2 އަހަރު ތެރޭ އަމަލުން ދައްކުވައިދީފައެވެ. 

    މާލޭ ރައްޔިތުންގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ ވެސް އާދަމް އާޒިމާއެވެ. އާދަމް އާޒިމަކީ ޓެސްޓްކޮށް ފާސްވެފައިވާ ކެންޑިޑޭޓެކެވެ. ނޫން ގޮތެއް ހޯދައިގެން ތަޖުރިބާ ކުރުމަށް ވަގުތު ދުއްވާލެވޭ ވަރަށްވުރެ މާލޭގައި ހައްލުކުރަން ހުރި މައްސަލަތައް ގިނައެވެ. ހައްސާސެވެ. 

    ސަރުކާރުން ވަމުންދާ އިހުމާލުގެ ސިލްސިލާ ނިމުމަކަށް ގެނައުމަށް މާލެސިޓީ ރައްޔިތުން ތިބީ ރައްޔިތުންގެ ކަންކަން ކައިރިން ބަލާ ހައްލު ހޯދަދޭނެ ޓީމެއް ކައުންސިލަށް ހޮވަން ހޭވައްލާ ތައްޔާރަށެވެ. މާލެ ސިޓީއަކީ ހުނަރުވެރި، ހޭލުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ތަނެކެވެ. މާލެ ސިޓީއަކީ ރާއްޖޭގެ މޫނުބަލާ ލޯގަޑެވެ. 

    މާލޭގެ ހަތަރު އަވަށު ރައްޔިތުންގެ ގިނަ ބައެއްގެ އިތުބާރާއި ލޯބި ލިބިފައިވާ މީހަކަށް މާލޭ މޭޔަރު ވާންޖެހެއެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ނަތީޖާ ނެރެދެވޭނެ މީހަކަށް ވާން ޖެހެއެވެ. ބޯދިގުކޮށް ކަރުގައި ފަށްއަޅައިގެން ހާލީ ޑޭވިޑް ސަން ސައިކަލުގައި މާލޭ މަގުތައް ކުޑަކުރި އަސްކަރީ ކޮމާންޑަރަކަށް މާލޭގެ މައްސަލަތަކެއް ހައްލެއް ނުކުރެވޭނެއެވެ.

    ވިހިފަންސަވީސް އަހަރު ގައުމުގައި ހިންގިހާ ޖަރީމާތަކަށް ލޯމަރައިގެން ހުރެ ސަރުކާރުން މުސާރަ ނަގައިގެން އޮޑީޓްކުރަން އުޅުނު ބަނޑުފަޅާ ގޯލްކީޕަރަކަށް ވެސް އެކަމެއް ނުވާނެއެވެ. މާލޭގެ ކަންކަން ހަމަ މަގަށް އެޅުވޭނީ ހާލަތު އެގި ތަޖުރިބާކޮށް ނަތީޖާ ނެރެދީފައިވާ މީހަކަށެވެ. އެ މީހަކީ އާދަމް އާޒިމެވެ.  

    އަމާނާތްތެރިކަމާއެކު ހިދުމަތްކުރާނެ، މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނެ މަންދޫބުން ހޮވަންވީ ވަގުތަކީ މިއެވެ. ދާއިރާގެ ތަރައްގީއަށް، އިހުލާސްތެރި ހިދުމަތަކަށް އެދޭނަމަ މާލެ ސިޓީ އެންމެން އެކީގައި ނުކުމެ ތިލަފަތަށް ވޯޓް ދޭށެވެ. 

    ]]>
    Sat, 21 Feb 2026 18:23:31 +0500 މުއާޒު
    ހީރަސް ރެސިޕީ: ހުތްކުޅި ކުކުޅު https://heerasnews.com/3885 https://heerasnews.com/3885 ހީރަސް ރެސިޕީ މިއަދު ހާއްސަކޮށްލާނީ ބަތާއި އެކުގައި ކާލަށް މީރު ހުތްކުޅި ކުކުޅަށެވެ. ހުތްކުޅި ކުކުޅު ހެދުމަން ތަކެތި ނަގަން ބުނެދީފައި ވާނީ 4 ނުވަތަ 5 މީހުންނަށް ކެވޭ ވަރަށެވެ.

     ބޭނުންވާތަކެތި‪:

     500 ގްރާމް ކުކުޅު ބްރެސްޓް (ހަންގަނޑު ނުލާ)

     1/4 ޖޯޑު ލުނބޯ ހުތް

     2 މޭޒުމަތީ ސަމްސާ ޑާކް ސޮޔާސޯސް

     4 މޭޒުމަތީ ސަމްސާ ހަކުރު

     3 ތޮޅި މިރުސް

     1 ފިޔާ

     2 ލޮނުމެދު

     1/2 އިންޗީގެ އިނގުރު ކޮޅެއް

     3 ކެޕްސިކަމް

     1 ކެރެޓު

      2 މޭޒުމަތީ ސަމްސާ ތެޔޮ

    ހަދާނެގޮތް‪:

    • ކޮށުން
    • ކުކުޅުކޮޅު އާދައިގެ ވަރަކަށް ކުދިކޮށް ކޮށާލާށެވެ‪.
    • ކެރެޓްވެސް ކޮށާށެވެ. ކެރެޓް ކޮށާނީ1/2  އިންޗި ފުޅާމިނުގަ އަދި 1 އިންޗި ދިގުމިނުގައި ހުންނާނެ ގޮތަށެވެ
    • ‪.ކެޕްސިކަމްތައް ފަޅާލައި އޭގެ އޮށްތަށް ނެގުމަށްފަހު ކެރެޓާއި އެއް ސައިޒަކަށް ކޮށާށެވެ
    • ލޮނުމެދާއި އިނގުރު ތުނިކޮށް ކުދިކޮށް ކޮށާށެވެ.
    • ފިޔާކޮޅު ކޮށާނީ ފުޅާމިނުގައި 1/4 އިންޗި ހުންނާނެ ގޮތަށެވެ.
    • މިރުސްކޮޅުވެސް ކޮށާށެވެ‪.
    • ސޯސްގަނޑު ތައްޔާރު ކުރުން
    • ސޯސްގަނޑު ތައްޔާރު ކުރުމަށްޓަކައި ލުނބޯހުތާއި ސޮޔާސޯސް އާއި ހަކުރާއި ކޮށި މިރުސްތައް ރަނގަޅަށް އެއްކޮށްލާނީއެވެ‪.
    • ތެއްޔަކަށް ތެޔޮކޮޅު އެޅުމަށްފަހު އެ ހޫނުވުމުން ފިޔާކޮޅު އެއަށް އަޅައި މަޑުވަންދެން ކައްކާލާނީއެވެ
    • އެއްކުރުމާއި ކެއްކުން
    • އިނގުރާއި ލޮނުމެދު އަޅައި އެއްކޮށްލުމަށްފަހު 30 ވަރަކަށް ސިކުންތު ބަހައްޓާލާފައި ކުކުޅުކޮޅު އަޅާލާނީއެވެ.
    • ކެރެޓާއި ކެޕްސިކަމްކޮޅު އެޅުމަށްފަހު އެތަކެތި ކުޑަކޮށް މަޑުވެލަންދެން ކައްކާލާށެވެ‪.
    • ސޯސްގަނޑު ތެއްޔަށް އަޅާލާފައި ގިނި ތަންކޮޅެއް މަޑުކޮށްލުމަށްފަހު 5 މިނެޓު ކައްކާލާށެވެ‪.
    ]]>
    Sat, 21 Feb 2026 16:19:51 +0500 މުއާޒު
    ރ.ބ.ގެ އެއްވެސް ރަށަކުން މިހާރު ތަރައްގީއެއް ނުފެނޭ: މޫކޭ https://heerasnews.com/3884 https://heerasnews.com/3884 ރ.ބ ގެ 23 ރަށުން ކުރެ އެއްވެސް ރަށަކުން ތަރައްގީ ނުފެންނަކަމަށް އަލްއުސްތާޒު މޫސާ އަލި މަނިކު އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގައި މޫކޭ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ވައުދުތަކުގެ އެއްވެސް ކަމެއް އެއްރަށެއްގައި ވެސް ނުހިނގައެވެ.

    ރައީސުލްޖުމްހޫރިއްޔާގެ އިންތިހާބާއި ރައްޔިތުންގެ މަޖިސް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން "ބޭސް ސިޓީ ހިފައިގެން ނިކުންނަ މީހާއަށް ބޭހެއް ނުފެނޭ. ގޭސްފުޅި ހިފައިގެން ނިކުންނަ މީހާއަށް ގޭހެއް ނުފެނޭ. ބަލިވީމާ ޑޮކްޓަރު ވެސް ގިނަ ރަށްރަށުގައި ނުފެނޭ" މޫކޭ ވިދާޅުވިއެވެ. ހަމައެހެން "ދައުލަތުން ދޭންޖެހޭ އެއްވެސް އަސާސީ ހިދުމަތެއް ދޭތަނެއް ނުފެނޭ. ހުރިހާ ހިދުމަތެއް ވަނީ ހުއްޓިފައި" ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ. 

    ހުރިހާ މުއައްސަސާތަކެއް އަޅުވެތިކޮށްފައި ރައްޔިތުންލައްވާ ރައްޔިތުން އަޅުވެތިކުރަން ރައީސް މުއިއްޒު އުޅުއްވާ ކަމުގެ ތުހުމަތު ވެސް މުކޭ ވަނީ ކުރައްވާފައެވެ. މިހާ ތަނަށް މި ވެރިކަމުން ކޮށްފައިވާ ކަންކަމުގެ ގޮތުގައި މޫކޭ ފާހަގަކުރެއްވި ކަންކަމުގެ ވާހަކަވެސް މޫކޭ ހަނދާނަށް ގެންނެވިއެވެ. 

    ޕާޓީގެ ތެރެއިން ޕާޓީގެ ސެނެޓް ލައްވާ ޕީޕީއެމް ވުޖޫދުން ފުހެލި ކަމަށާއި ރައްޔިތުންގެ މަޖިލިސް މެންބަރުން ލައްވާ އެމީހުންގެ ފައިބަނދެ އަތްބަނދެ ދޫބަންދު ކޮށްފައި ވާކަމަށްވެސް މޫކޭ ވިދާޅުވިއެވެ. ޖުޑީޝަރީ ލައްވާ ހުރިހާ ކޯޓުތަކެއް އޮތީ ރަނގަޅަށް ތަޅު އަޅުވާލާފައި ކަމަށްވެސް މޫކޭ ވިދާޅުވިއެވެ. 

    އެންމެ ފަހުން ކައުންސިލްތައް ލައްވާ އެކި ކަހަލަ އެއްޗެހި ހައްދައިގެން އަތޮޅު ކައުންސިލްތައް އުވާލާ ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑުފުނޑު ކޮށްލުމަށް ފަހު މިހާރު މުއިއްޒަށް އަތްނުލެވި އޮތީ ހަމައެކަނި ރައްޔިތުން ކަމަށް މޫކޭ ވިދާޅުވިއެވެ. 

    މިހާރު ރައީސް މުއިއްޒު ކުރައްވަން އުޅޭކަމަކީ ރައްޔިތުން އަޅުވެތިކުރުމަށްޓަކާ ވަށާޖެހޭގޮތައް ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް މޫކޭ ވިދާޅުވިއެވެ. މުއިއްޒު ހަރަދުކުޑަކުރުމުގެ ނަމުގައި ކުރައްވަން އުޅުއްވާ ކަމަކީ ދެޚެން އެއްކޭމަށް ހެއްދެވުން ކަމަށް ރަށްރަށު މީހުން ސިފަކުރާ ކަމަށް މޫކޭ ވިދާޅުވިއެވެ.

    މޫކޭ ވިދާޅުވި ގޮތުގައި މުއިއްޒު ކޮންމެ މަހަކު ޕީޖީ ގްރޫޕަށް 50000ރ ދިނުމަށް ދައުލަތުން ވަގަށް ނަގާ ލާރިކޮޅު ނުނެގިޔަސް ކިތަންމެ އިލެކްޝަނެއް ބޭއްވޭ ވަރުވާނެކަމަށް މޫކޭ ވިދާޅުވިއެވެ. ދިވެހި ދައުލަތުން އެންމެ ބޮޑަށް އިސްރާފުކުރާ ވެރިކަމަކީ މުއިއްޒުގެ ވެރިކަންކަމާއި ދިވެހި ދައުލަތުގެ ބަޖެޓް ހުސްކޮށްލަނީ ސިޔާސީ މުސާރަ ދޭންކަމަށް ވެސް މޫކޭ ވިދާޅުވިއެވެ. 

    ]]>
    Sat, 21 Feb 2026 15:18:52 +0500 މުއާޒު
    ދެ އިންތިހާބު އެއްކުރަން ނޫނެކޭ ބުނަންޖެހޭ ސަބަބު މިއޮތީ! https://heerasnews.com/3882 https://heerasnews.com/3882 ރާއްޖެއަކީ ތިންބާރު ވަކިވެފައި އޮންނަ މިނިވަން ޑިމޮކްރެޓިކް ދައުލަތެކެވެ. ރާއްޖޭގައި އޮންނަނީ ބަރުލަމާނީ ނިޒާމަށް ހިންގާ ވެރިކަމެއް ނޫނެވެ. ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ބަރުލަމާނުން އެކުއެކީގައި އެއް އިންތިހާބެއްގެ ތެރޭގައި ހޮވުމަކީ ތިންބާރު ވަކިވެފައި އޮންނަ އޮތުމާ ފުށުއަރާ ކަމެކެވެ. ދެ ބާރު އެކުގައި އިންތިހާބު ކުރުމަކީ އެއް އިންތިހާބުގެ ސަބަބުން އަނެއް އިންތިހާބަށް ނުފޫޒު ފޯރާނޭ ކަމެކެވެ. އެއްވެސް ގޮތަކުން އިންތިހާބުތަކަށް ނުފޫޒެއް ފޯރުމަކީ ހުއްދަ ކަމެއް ނޫނެވެ.

    ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނަންޖެހެއެވެ. ދެ އިންތިހާބު އެއްކޮށްލުމުން ގައުމަށް އޮތް ގެއްލުން ބޮޑެވެ. ހާއްސަކޮށް ރައްޔިތުންނަށް އެމީހުންގެ ބަސް ބުނަން ލިބޭ ފުރުސަތު ހަނިވެގެން ދެއެވެ. 

    ރިޔާސީ އިންތިހާބާއި ގުޅިގެން ރިޔާސީ ވައުދުތަކެއް ރައްޔިތުންނަށް ހުށަހެޅެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރާގެ މެންބަރުވެސް ވައުދުތަކެއްވެއެވެ. ވޯޓު ހޯދުމަށްޓަކައި ގިނަ ކަންތައް ތަކެއް ދާއިރާގެ މެންބަރު ކަމަށް ވާދަކުރާ މީހުން ރައްޔިތުންނަށް ކޮށްދެއެވެ. 

    ދެ އިންތިހާބު އެއްކޮށްލުމުން މަޖިލިސް މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ފަރާތުން ދާއިރާގެ ރައްޔިތުންނަށް ލިބެން އޮތް ހުރިހާ މަންފާއެއްހެން ގެއްލިގެން ދާނެއެވެ. ހިހޫތަނުން ކާލައިގެން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ މަޖިލީހުގެ ގޮނޑިއަށް މެންބަރު ހޮވެން ދޭ ފުރުސަތަކަށް ދެ އިންތިހާބު އެއްކޮށްލުން ވެގެން ދާނެއެވެ. 

    ދެ އިންތިހާބު އެއްކޮށްލުމުން އިންތިހާބުގެ މުޅި ފޯކަސް ބަދަލުވެގެން ދާނީ ރައީސުލްޖުމްހޫރިއްޔާ ހޮވުމަށެވެ. ރައީސަށް ދޭވޯޓާއެކު އޭނާގެ މަޖިލީސް ޓީމަށް ވޯޓު ޖެހިގެން ދާނެއެވެ. ނަތީޖާއަކަށް ވާނީ މަދު ފަހަރެއްގައި ނޫނީ މަޖިލީހުގެ ސްޕަރމެޖޯރިޓީ ރައީސަށް ލިބުމެވެ. އެ ހިސާބުން ބަސްބުނުމަށް އޮތް ބާރު ރައްޔިތުންނަށް ފަސް އަހަރަށް ގެއްލުނީއެވެ. 

    ދެ އިންތިހާބު ވަކީން އޮތުމުން މަޖިލީހުގެ މެޖޯރިޓީ ހޯދުމަށްޓަކާވެސް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކޮށްދީ ރައްޔިތުން ރުއްސަން މަޖުބޫރުވެއެވެ. ކޮށްދޭން ވައުދުވެ ނުކުރެވިފައި ހުންނަ ކަންކަން ކޮށްދޭން ކަށީގެ މަދަށް ސަރުކާރުން މަސައްކަތް ކުރެއެވެ. އެކަމަކު ދެ އިންތިހާބު އެއްކޮށްލުމުން ފަސް އަހަރުވަންދެން ރައްޔިތުން ރުއްސަން އެއްވެސް ކަމެއް ކުރާކަށް ސަރުކާރަކަށް ނުޖެހޭނެއެވެ. އެހެނެކޭ ކިޔާ ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ނުއޮންނާނެއެވެ. 

    ދެ އިންތިހާބު އެއްކޮށްލުމަކީ ދާއިރާގެ މެންބަރުންގެ ފަރާތުން ރައްޔިތުންނަށް ލިބޭ އެހީތެރިކަމާއި އެއްބާރުލުން ނިމުމަކަށް އައިސް ސަރުކާރު ރުއްސަން މެންބަރުން ހޮވުމަށް ދެވޭ ފުރުސަތެކެވެ. ދެ އިންތިހާބު އެއްކޮށްލުމުން ވަކިވަކި ފަރުދުންނަށް އިންތިހާބުތަކާ ގުޅުވައިގެން ލިބޭ މަންފާ ނުލިބި ޑިމާންޑް ކުރުމުގެ މަގު ފަސް އަހަރަށް ގެއްލިގެން ދާނެއެވެ. އެހެން ކަމުން ދެއިންތިހާބު އެއްކުރަން ނޫނެކޭ ބުނާށެވެ.

    ]]>
    Fri, 20 Feb 2026 15:39:15 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 3 https://heerasnews.com/3881 https://heerasnews.com/3881 ދުވަހުގެ ދުއާ:

    رَبَّنَا أَفْرِغْ عَلَيْنَا صَبْراً وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ [البقرة 250]

    އަޅަމެންގެ ރައްބު! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި ކާފިރުންގެ މައްޗަށް އަޅަމެންނަށް ނަސްރު ދެއްވާނދޭވެ!

    ދުވަހުގެ ނަސޭހަތް:    

    ﴿مَنْ عَمِلَ صَالِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ﴾ [النخل ٩٧]

    މާނައީ: "މުއުމިނަކު ކަމުގައިވާ ހާލު، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، ސޯލިހު ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންއިލާހު ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެބައިމީހުން ޢަމަލުކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެބައިމީހުންނަށް، ތިމަންއިލާހު ޖަޒާ ދެއްވާހުށީމެވެ."

    ދުވަހުގެ ހިކުމަތުގެ ބަސް:

    މޮޑެލްކުރާ އަންހެނަކު ބުންޏެވެ. ފެޝަން ކުރާ ތަންތަނުން އަހަރެންނަކީ ކުޅޭކުޅޭ ބުދަކަށް ހަދައިފިއެވެ.

    ދުވަހުގެ ނަމާދު ވަގުތު: މާލެ ސިޓީ

    * އިރުއެރީ: 06:18

    ފަތިސް:   05:06

    މެންދުރު:   12:24

    އަސުރު:   15:40

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Fri, 20 Feb 2026 13:35:06 +0500 މުއާޒު
    ހެޔޮ ބަދަލަށް އޮތް ވަސީލަތަކީ ތައުލީމާއި ޑިޕްލޮމަސީ: ޝާހިދު https://heerasnews.com/3879 https://heerasnews.com/3879 ޕްރޮފެސަރ ލިޒް ކޮލްޓަން އާއި ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް ރިސާރޗް (ޔުނިޓާ) އާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބި ދަރިވަރުންނާ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު މިއަދު ބައްދަލު ކުރައްވައިފިއެވެ.

    ޕްރޮފެސަރ ލިޒް ކޮލްޓަން އާއި ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް ރިސާރޗް (ޔުނިޓާ) އާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބި ދަރިވަރުންނާ ބައްދަލުކޮށް ވާހަކަދައްކާލަން ލިބުމަކީ ލިބިވަޑައިގެން ވަރަށް ބޮޑު އުފަލެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ޕްރޮފެސަރ ލިޒް ކޮލްޓަން އާއި ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް ރިސާރޗް (ޔުނިޓާ) އާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްތިބި ދަރިވަރުންނާ އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު މިއަދު ބައްދަލު ކޮށްލެއްވީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސްގެ ހައިސިއްޔަތުން ތަޖުރިބާތައް ހިއްސާކޮށްލެއްވުމަށެވެ. 

    ޕްރޮފެސަރ ލިޒް ކޮލްޓަން އާއި ޔުނައިޓެޑް ނޭޝަންސް އިންސްޓިޓިއުޓް ފޯރ ޓްރޭނިންގ އެންޑް ރިސާރޗް (ޔުނިޓާ)ގެ އެ ބައްދަލު ކޮށްލެއްވުމުން "އަޅުގަނޑުމެންގެ މުސްތަގުބަލު އޮތީ ގާބިލު ޖީލެއްގެ އަތްމަތީގައިކަން އިހުސާސްވެގެން ދިޔަ" ކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ.

    ދުނިޔެއަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ތައުލީމާއި ޑިޕްލޮމަސީ އަކީ އަބަދުވެސް އޮތް އެންމެ ވަރުގަދަ ވަސީލަތްތައް ކަމަށްވެސް ކުރީގެ ހާރިޖީ ވަޒީރު އަދި އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ރައީސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ

                        

    ]]>
    Thu, 19 Feb 2026 18:13:04 +0500 މުއާޒު
    ހީރަސް ރެސިޕީ: ފަޅޮލު ދޮންހުނި ރިހަ https://heerasnews.com/3878 https://heerasnews.com/3878 ފަޅޮލުގެ ދޮންހުނި ރިހައަކީ ވެސް އަގަޔަށް މީރު ހަޖަމް ރަގަޅުކޮށްދޭ ޒާތުގެ ރިހައެކެވެ. ހީރަސް ރެސިޕީގައި މިއަދު މިގެނެސް ދެނީ ފަޅޮލު ދޮންހުނި ރިހައެވެ. އަޅެ އަޖުމަ ބަލައިލާށެވެ. 

    ބޭނުންވާ ތަކެތި
    1 ކިލޯ ރިއްސެޔޮލީ ފަޅޯ ރިހަޔަށް ކޮށާ ވަރަށް ކޮށާފައި
    2 ކާށީގެ ހުނި
    2 މޭޒުމަތީ ސަމުސާ ދިރި
    1 ގިތެޔޮމިރުސް ކޮށާފައިި
    4 ލޮނުމިދު
    5 ރޯ މިރުސް ދޮން ރީނދޫ ތޮޅި މިރުސް
    3 ހިކަނދިފަތް
    1 މޭޒުމަތީ ސަމުސާ އަސޭމިރުސް
    3 ފިޔާ ކޮށާފައި
    3 ޖޯޑު ކާށިބޯކިރު
    4 ޖޯޑު ފެންކިރު
    1 ފިޔާ ކޮށާފައި ހުރި ( މީރުކުރަން)
    1 ިކަނދިފަތް ( މީރުކުރަން)
    1 ލޮނުމެދު ގާނާފައި ( މީރުކުރަން)
    1 ސައި ސަމުސާ ބައި މުގުރި ފޮނިތޮށިކާފޫރުތޮޅި
    10 ރާނބާފަތްކޮޅު ބައި އިންޗިއަށް ބުރި ކޮށްފައި ހުރި( މީރުކުރަން )
    2 ލުނބޯ ގެހުތް
    1 ޗިކަން ކިއުބް
    ކުލަހިފާ ވަރަށް ރީނދޫ
    ލޮނުކޮޅެއް
    ތެޔޮފޮދެއް
    ތައްޔާރު ކުރާނެ ގޮތް
    • ހުނި، ފިޔާ، ރީނދޫ، ދިރި، ގިތެޔޮ، މިރުސް، ލޮނުމެދު، އަސޭމިރުސް، ލޮނު އެއްކޮށް މޮޑެފައި ގްރައިންޑަރުން ހިމުންކޮށް ފުނޑާލާށެވެ.
    • ތެއްޔަކަށް ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ މީރުކުރަން ހުރިބައި އަޅާލާފައި ފަޅޯކޮޅާ އެއްކޮށް ލާށެވެ. މަޑުގިނީގައި ބަހައްޓައިގެން ދޭފަތުން ހަލަމުންދާށެވެ.
    • ހަނާވާން ފެށުމުން މުގުރި ފޮނިތޮށި ކާފޫރު ތޮޅި އެއްކޮށްލާށެވެ.
    • ފެންކިރު ވެސް އެއްކޮށްލާށެވެ.
    • މަތިޖަހާފައި މަޑުގިނީގައި ބަހައްޓައިގެން ދޭތެރޭ ދޭތެރެއިން ދޭފަތުން ހަލަމުންދާށެވެ.
    • ދެބައިކުޅަ އެއްބަޔަށް ރޯފިލުމުން ހަވާދުގިރާފައި އެއްކޮށްލާށެވެ .
    • ޗިކަން ކިއުބް ފުނޑުވާފައި އެއްކޮށްލާށެވެ.
    • ރަނގަޅަށް ރޯފިލުމުން ބޯކިރު އެއްކޮށްފައި އަދި ލުނބޯހުތް އެއްކޮށްފައި ކެކިގަތުމުން އުނދުން މަތިން ބާލާށެވެ.
    މިނޫން ގޮތްގޮތަށް ވެސް މި ރިހަ ތައްޔާރުކުރެއެވެ
    ]]>
    Thu, 19 Feb 2026 11:03:25 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ2 https://heerasnews.com/3877 https://heerasnews.com/3877 ދުވަހުގެ ދުއާ:

    رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ (ސޫރަތުލް ޙަޝްރުގެ 10 ވަނަ އާޔަތުގައިވާ ދުއާ)

    މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ." 

    މިއީ އަޅުގަނޑުމެންގެ ހިތްތައް ސާފުކޮށް ބެހެއްޓުމަށް އެންމެ މުހިންމު ދުއާތަކުގެ ތެރެއިން ދުއާއެކެވެ. ހިތުގައި ރުޅިވެރިކަމާއި ފިތުނަވެރިކަން ބޮޑުވާނަމަ، އެއީ އަޅުގަނޑުމެންގެ ރޫޙާނީ ދިރިއުޅުމަށް ލިބޭ ބޮޑު ގެއްލުމެކެވެ. 

    ދުވަހުގެ ނަސޭހަތް: 

    ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ސުވަރުގެ ދެއްވަވާނެތެވެ. ކޮންމެ މީހަކީ އެންމެ ގިނައިން އަޅުކަންކުރެވޭ މީހަކަށް ނުވެދާނެއެވެ. ނަމާދުގައި އެންމެ ފުރިހަމައަށް އަދާ ނުވެވިވެސްދާނެއެވެ. މާޔޫސް ނުވާށެވެ. ފުރިހަމަނުވާބައި ފުރިހަމަކުރަން މަސައްކަތްކުރާށެވެ. ކުރާއަޅުކަން ގިނަކުރަން މަސައްކަތްކުރާށެވެ. ނަމާދުގައި ހުޝޫއަތްތެރިކަން އިތުރުކުރަން މަސައްކަތްކުރާށެވެ.  

    ފާފަކުރުމާއި ދުރުހެލިވާން މަސައްކަތްކުރާށެވެ. ތިމާއަށް ހައްގު އެއްޗެއް ނޫނީ ލިބި ނުގަންނަން މަސައްކަތްކުރާށެވެ. ހަލާލް އެއްޗެއް ނޫނީ ކައިބޮއިނުހަދާށެވެ. ހުއްދަ ކުރެއްވެވި ކަމެއް ނޫނީ ނުކުރާށެވެ. ސުވަރުގެ ވައްދަވާނެތެވެ.   

    ދުވަހުގެ ހިކުމަތުގެ ބަސް:

    ހަޔާތުގެ ދަށަވަތަށް ވެސް ކެތްތެރިވެ ރަހުމަތުން އުންމީދު ނުކަނޑާށެވެ.

    ދުވަހުގެ ނަމާދު ވަގުތު: މާލެ ސިޓީ

    * އިރުއެރީ: 06:18

    ފަތިސް:   05:06

    މެންދުރު:   12:24

    އަސުރު:   15:40

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Thu, 19 Feb 2026 09:14:18 +0500 މުއާޒު
    ދުނިޔޭގެ އެންމެ މަގުބޫލު 10 ސީރީޒްގެ ތެރޭގައި ކޯރާ ސީޒަން2 https://heerasnews.com/3876 https://heerasnews.com/3876 މޯނާ ސިންގް އާއި ބަރުން ސޮބްތީ މުހިންމު ރޯލުތަކުން ފެނިގެންދާ "ކޯރާ" ސީޒަން 2 އަށް ނެޓްފްލިކްސްގައި ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އިނގިރޭސި ނޫން ބަސްބަހުން އުފައްދާފައިވާ ސީރީޒްތަކުގެ ތެރެއިން ދުނިޔޭގެ "ގްލޯބަލް ޓޮޕް 10" ލިސްޓުން މި ސީރީޒް ވަނީ ޖާގަ ހޯދާފައެވެ.

    ސުދީޕް ޝަރުމާ އުފައްދާފައިވާ މި އިންވެސްޓިގޭޓިވް ކްރައިމް ތުރިލާ ފެބުރުއަރީ 11 ގައި ރިލީޒްކުރުމާ އެކު، ފިލްމީ މާހިރުންނާއި އާންމު ބެލުންތެރިންގެ ފަރާތުން ވަނީ ވަރަށް މަތީ ތަރުހީބެއް ލިބިފައެވެ. ނެޓްފްލިކްސްގެ "ޓޫޑޫމް" އިން އާންމުކުރި ފެބުރުއަރީ 9 އިން 15 އަށް ހިމެނޭ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިނގިރޭސި ނޫން ސީރީޒްތަކުގެ ތެރެއިން މި ސީޒަން ރޭންކް ކުރެވިފައިވަނީ ދުނިޔޭގެ 10 ވަނައިގައެވެ.

    މި ސީރީޒް ރިލީޒްކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި 1.6 މިލިއަން ވިއުސް ލިބިފައިވާއިރު، ބެލުންތެރިން ވަނީ ޖުމލަ 7.7 މިލިއަން ގަޑިއިރު މި ސީރީޒް ބަލާފައެވެ. މީގެ އިތުރުން ދުނިޔޭގެ 11 ގައުމެއްގެ އެންމެ މަގުބޫލު 10 ސީރީޒްގެ ލިސްޓުގައި މި އުފެއްދުން ހިމެނިފައިވުމީ ބައިނަލްއަގުވާމީ ގޮތުން މި ސީރީޒަށް އޮތް ތަރުހީބު ހާމަވާ ކަމެކެވެ.

    އެކްޓަރުންގެ މޮޅު ހުނަރާއި ކުޅަދާނަ ވާހަކަ ދެއްކުންތެރިކަމުގެ ސަބަބުން، "ކޯރާ" ސީޒަން 2 ވެފައިވަނީ މިހާރު ނެޓްފްލިކްސްގައި އެންމެ ގިނަ ބަޔަކު ވާހަކަދައްކާ އިންޑިއާގެ ސީރީޒަށެވެ. މިއީ މި ސީރީޒަށް ދުނިޔޭގެ ފެންވަރުގައި ލިބުނު އިތުރު ކުރިއެރުމެކެވެ.

    ]]>
    Thu, 19 Feb 2026 08:05:44 +0500 މުއާޒު
    ރާއްޖެއަކީ ދަމާނެ ކޮޅަކުން ހަންދަމަން އޮތް މުއިއްޒުގެ ރޮނޑެއް! https://heerasnews.com/3875 https://heerasnews.com/3875 ރައީސް މުއިއްޒަށް ހެދޭނުހެދޭ އެނގޭބާވައެވެ. ސަރުކާރު ހިންގުން އަގަޑަ ބަގަޑަވެ ތަނެއް ދޮރެއް ވަތްކެއް ނުވެއެވެ. މިހާވަރުން ދަންޏާ ބަލިވެގެން ޑޮކްޓރަށް ދައްކަން ވެމްކޯއަށް ދާން ނުޖެހި ސަލާމަތްވާނެ ބާވައެވެ. އެމްއޭސީއެލުން ބިންހިއްކަމުން އާރުޑީސީން އެއަރޕޯޓް އަޅާދެމުން ބޮޑު މާލޫދު ކިޔާ ހިސާބަށް ސަރުކާރެއްގެ ކަންކަން ބޮއްސުންލާ ތަރުތީބު ގެއްލުނީމާ ރާއްޖޭން ގައުމެއްގެ ސިފަ ގެއްލިއްޖެއެވެ. 

    ރާއްޖެއަކީ ވަށަފަރު އަބްދުއްރަހުމާނު ހާޖީ އާއި ހިންނަވަރު ޖަނާބު މުހައްމަދު އާއިލީ އެއްމެދު މުދާ ގަނޑަކަށް ހަދައިފިއެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާ ނޫނީ އެހެން މާއްދާއެއް ގާނޫނު އަސާސީގައިވެސް އޮތްހެނެއް ހިޔެއްނުވެއެވެ. ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް މުއިއްޒު އެހެރަ ދަނީ ކުރަމުންނެވެ. 

    އޭސީސީ އާއި ޕޮލިހުގައި ތިބީ އިވުނަސް ބީރު ފެނުނަސް ކަނު ވާހަކަ ދެއްކުނަސް މަންމަން ބައެކޭ ނުބުނެވޭ ވަރެއް ނޫނެވެ. ސަރުކާރުގެ ކުންފުނިތައް ނޭވާ ހޮޅިއަށް އެޅެމުން ދާއިރު ފުލުފުލުގައި އައު ކުންފުނިތައް އުފައްދަމުން އެދަނީ ފަތުއަޑު ކިޔާފައެވެ. އެސްޓީއޯއިން ބޭސް ވިއްކުން ކަމުނުގޮސްގެން ބޭސް ކުންފުންޏެއް ހަދައިފިއެވެ، އެމްއޭސީއެލްގެ ދަރިކުންފުނި ދެކުންފުނީ ހަދައިފިއެވެ. 

    އަނެއްކޮޅުން އާއްމު ރައްޔުތުން ކުރާ އާއްމު ވިޔަފާރީގެ ތެރެއަށް ވަދެ ސަރުކާރުން ވިޔަފާރި ކުރަން ފެށީއެވެ. އައިނު ކުންފުންނާޢި ލޮޖިސްޓިކް ކުންފުންޏާއި ގައުއަޅާ ކުންފުނި ވުޖޫދުކޮށްފިއެވެ. އިގުތިސޯދީގޮތުން ދަތިވެ ދަރަނި ބޮޑުވީ ވަރަކަށް ދުނީޔޭގެ އެހެން މީހުން ވީހާވެސް ބޮޑަށް ކުންފުނިތައް އެއްކޮށް ހިންގުމުގެ ހަރަދު ކުޑަކޮށް މުސާރަ ދޭމީހުން ކުރަނީ މަދެވެ. ރައީސް މުއިއްޒު ކަންކުރަނީ ދިމާ އިދިކޮޅަށެވެ. ދަމާނެ ކޮޅަކުން ހަންދަމަން ރާއްޖެއަކީ މުއިއްޒުގެ އަމިއްލަ ރޮނޑަކީތާއެވެ.

    ޑރ. ޝަމްހީދު ވިދާޅުވަނީ އާއްމު ވިޔަފާރިތައް ކުރިއަރުވަން އެހީތެރިވުމުގެ ބަދަލުގައި މިސަރުކާރުގެ ސިޔާސަތަކަށް މިވަނީ އެފަދަ ވިޔަފާރިތަށް ފުނޑާލުން ކަމަށެވެ. ތެދެކެވެ. މިކަހަލަ ގަދީމީ ބޯދާ ވިސްނުމާއި ސިޔާސަތުތަކާއި ދެކޮޅަށް ރައްޔިތުން ނިކުމެ ބަސްބުނަން އެބަޖެހެއެވެ. 

    ޑރ. ޝަމްހީދު ވިދާޅުވާހެން ސަރުކާރުން ކުރާ ވިޔަފާރިތަކުގެ ގެއްލުން ފޫބެއްދުމަށް މިދިޔަ އަހަރު ބަޖެޓުން އެކަނިވެސް 6 ބިލިއަނެއްހާ ރުފިޔާ ހޭދަކުރަން ޖެހުނެވެ. އެހެން އެކަން އޮތްއިރު އަލަށް ފަށާ ކޮންމެ ވިޔަފާރިއަކަށް ބިލިއަނުން ހޭދަކުރަން މަޖުބޫރުވާނެއެވެ. ސަރުކާރުން ރިސޯޓް ހިންގިޔަސް ރައްޔިތުންނަށް 400 ޑޮލަރު ލިބުމުގެ ބަދަލުގައި، އެވިޔާފަރިތަކަށް ލިބޭ ގެއްލުން ފޫބެދުމަށްވެސް ރައްޔިތެއްގެ ބޮލަކަށް 400 ހޭދަކުރަން ޖެހުމަކީ މާ ގާތްކަމެއް ކަމަށް ޝަމްހީދުމެން ވިދާޅުވަނީ މުއިއްޒުގެ ސިޔާސަތުގެ ދޯހަޅިކަމުންނެވެ. 

    ]]>
    Wed, 18 Feb 2026 17:33:11 +0500 މުއާޒު
    ރޯދަމަހާ ރޯއްޖާ: ރޯދަ ހަދިޔާ 1 https://heerasnews.com/3874 https://heerasnews.com/3874 ދުވަހުގެ ދުއާ: 

    لَا إِلَـهَ إِلاَّ أَنْتَ سُـبْحَانَكَ إِنِّـي كُنْـتُ مِـنَ الظَّالِمِـين

    މާނައަކީ: "އިބަރަސްކަލާނގެ ފިޔަވައި އަޅުކަންވެވޭ އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ ހުސްތާހިރުވަންތައެވެ! ހަމަކަށަވަރުން އަޅަކީ އަނިޔާވެރިންގެ ތެރެއިން މީހަކީމެވެ".

    މި دعاء ގިނައިން ކިޔުމުން ކަންބޮޑުވުންތައް ފިލައިގޮސް، ދަތިކަމުން ސަލާމަތްވެ، އުފާވެރިކަން ލިބޭނެއެވެ. މިދުއާ މަޝްހޫރުވެފައި އޮންނަނީ

    ﴿رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا ﴾ [سورة نوح ٢٨]

    މާނައީ: “އަޅުގެ ރައްބެވެ! މިއަޅާއާއި މިއަޅާގެ މައިންބަފައިންނާއި، އީމާންވެގެންހުރެ މިއަޅާގެ ގެއަށް ވަދެއްޖެ މީހަކާއި، މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުންނަށް ފާފަފުއްސަވާނދޭވެ. އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ.”

    އީމާންކަމުގެ އަހުލުވެރިން ތިބާގެ ގެއަށް ވަދެއްޖެނަމަ ގޭގައި ނޫރު އިތުރުވާނެއެވެ. އަދި އެބައިމީހުންނާ ވާހަކަ ދައްކާ، ސުވާލުކޮށް، ހިޔާލު ބަދަލުކުރުމުން ގިނަގުނަ ފައިދާތަކެއް ހާސިލުވާނެއެވެ. ފަހެ، " ގޮމަކަސްތޫރި" (musk) ގެންގުޅޭ މީހެއްނަމަ ތިބާއަށް އޭގެން ދޭނެއެވެ. ނުވަތަ ތިބާ އޭނާގެ އަތުން އެ ގަންނާނެއެވެ. ނުވަތަ އޭނާގެ ކިބައިން މީރުވަސް ދުވާނެއެވެ. ގެއަށް ހެޔޮކަން ވައްދާކަމުގައިވާނަމަ، ނުބަޔާއި ފަސާދަވަނުން ތިބާއަށް އެ މަނާ ކުރެވުނީއެވެ.

    ދުވަހުގެ ނަމާދު ވަގުތު: މާލެ ސިޓީ

    * އިރުއެރީ: 06:19

    ފަތިސް:   05:06

    މެންދުރު:   12:24

    އަސުރު:   15:40

    މަގުރިބު:   18:22

    އިޝާ:    19:34

    ]]>
    Wed, 18 Feb 2026 15:58:55 +0500 މުއާޒު
    އަރީޝަކީ ނަރީޝެއް ނޫން https://heerasnews.com/3873 https://heerasnews.com/3873 ޕާޓީގެ ޓިކެޓް ދީގެން ބަޔަކު ބުރަ މަސައްކަތުން މާލެ ސިޓީ ކައުންސިލަށް އިންތިހާބު ކުރީމާ މަގާމުގެ ހުވާ ވެސް ނުކޮށް މުއިއްޒަށް ގޮނޑިވިއްކާލި މީހަކަށް އިތުބާރު ކުރާ މީހަކު ނެތެވެ. ހުދު ރައީސް މުއިއްޒުވެސް ގޮނޑިވިއްކާ މީހުންނަކަށް އިތުބާރެއް ނުކުރައްވައެވެ. އަމްދުން މާލޭ ރައްޔިތުންނަށް ބޮޑުވެފައިވާ އެއްވެސް ކަމެއް ހައްލުކުރަން ގޮނޑިވިއްކާ ކައުންސިލަރުން މަސައްކަތް ނުކުރާނެކަން މާލޭ މީހުނަށް އެނގޭނެއެވެ. 

    މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަކީ މޭޔަރ އާދަމް އާޒިމުގެ ނޫން މީހެއްގެ މަސައްކަތެއް ނޫނެވެ. މުއިއްޒޭ އާރުޑީސީއޭ ޕީއެންސީއޭ އަރީޝްއޭ ކިޔައިގެން މެޑެލް ޖަހަން އުޅުނަސް އެކަން މާލޭގައި ދިރިއުޅޭ މީހުން ގަބޫލެއް ނުކުރާނެއެވެ. ކާކު ކުރީ ކީއްކަން މާލޭ ރައްޔިތުންނަށް ވަރަށް ސާފެވެ. 

    މާލޭގެ ހުޅަނގު ފަރާތުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތައް ލިބުނުއިރު މާފަންނު ހުޅަނގުގައި ކައުންސިލަރަކު ހުންނަ ކަމެއް އެ ސަރަހައްދު މީހުން ނުދަނެއެވެ. ފެންނަން އޮތް ހަގީގަތަކީ މާލެ ސިޓީ ޑެޕިއުޓީ މޭޔަރ ކަމުގައި ހުރެގެން ކައުންސިލް ވާގި ނައްތާލަން ކުރި ކަމެއް ނޫނީ އަރީޝް ނުކުރާކަމެވެ. 

    ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން މާގަދަ ވެގެން ނިކުމެ ރައީސް މުއިއްޒަށް ސަނާ ކިޔަނީ ކީއްވެގެންކަން މީހުނަކަށް ނޯޅެއެވެ. ރައްޔިތުންގެ ލޯތްބާއި ތާއީދު ލިބިގެން މަގާމު ކަށަވަރު ނުކުރެވޭނެކަން މިހާރުވެސް ގަބޫލު ކުރަނީތާއެވެ. މަގާމު ކަށަވަރު ނުވެއްޖެނަމަ ނަރީޝް ހޯދި ކަހަލަ މަގާމެއް މުއިއްޒަށް ސަނާ ކިޔައިގެން ހޯދުމުގެ ހުވަފެން އަރީޝް ވެސް ދެކެނީތާއެވެ.

    ފެން ބޮޑުވާ މައްސަލައޭ ސިނަމާލޭގެ ޖުރިމަނާއޭ ކުއްޔޭ ސިޓީ ކައުންސިލޭ ކޯރަމޭ އަރީޝް ކިޔަން މާލަސްވެއްޖެއެވެ. މާލެ ސިޓީގައި އަރީޝަކީ ހުންނަ މީހެއްކަންވެސް މީހަކު ނުދަނެއެވެ. ނަމެއްގައި ޑެޕިއުޓީ މޭޔަރު ހެދިގެން ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުމަށް މޭޔަރަށް އެއްބާރުލުން ނުދީ މުސާރަ ނަގައިގެން މަގާމުގެ ނާޖާއިޒު ފައިދާ ނަގަން ހުންނާކަށް މާލޭ ރައްޔިތުން ޗާންސެއް ނުދޭނެއެވެ. 

    މޭޔަރ މުއިއްޒު ހިންގާފައިވާ ޖަރީމާތައް ފޮރުވަން އަރީޝް ގަތް ބޭނުން ކެނޑިގެން ދާކަށް މާގިނަ ދުވަހެއް ނެތެވެ. އޭރަކުން އަރީޝްއަކީ މުއިއްޒަށް ބޭނުން މީހަކަށް ވެސް ނުވާނެއެވެ. އަނެއްކޮޅުން އަރީޝް ދައްކާ ކޮންމެ ވާހަކައަކުން ޢާދަމު އާޒިމަށް މީހުން ކުރާ އިތުބާރު ވަނީ ބޮޑެވެ. އަރީޝްމެންގެ އެއްބާރުލުން ނުލިބި އާދަމް އާޒިމު މާލޭ މޭޔަރުގެ ހައިސިއްޔަތުން ދެއްވި ހިދުމަތް ބަލައިގަނެ ގިނަ ބަޔަކު އާދަމް އާޒިމަށް ސެލިއުޓް ކުރެއެވެ.  

    ]]>
    Tue, 17 Feb 2026 17:49:19 +0500 މުއާޒު
    ރައީސަކަށް ވިދިވިދިގެން ދެދައުރު އަދާނުކުރެވޭ ގޮތަށް ބަދަލުކުރޭ: ފައިސަލް https://heerasnews.com/3872 https://heerasnews.com/3872 އެއްވެސް ރައީސަކަށް ވިދިވިދިގެން ދެދައުރު އަދާނުކުރެވޭ ގޮތަށް ހެދުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ގޮވަލައްވައިފިއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދާދެއްވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފައިސަލް ނަސީމް އެހެން ވިދާޅުވީ ފުވައްމުލަކުގައި ވާހަކަ ދައްކަވަމުންނެވެ. 

    ފައިސަލް ނަސީމް ވިދާޅުވިގޮތުގައި ގާނޫނު އަސާސީ އަށް ގެންނަންވީ އިސްލާހަކީ އެއްވެސް ރައީސަކަށް ވިދިވިދިގެން ދެ ދައުރު އަދާ ނުކުރޭ ގޮތަށް ބަދަލުގެނައުމެވެ. އޭރުން ވާނެ ގޮތެއް ކަމަށް ފައިސަލް ވިދާޅުވަނީ ނަހަމަ ގޮތުގައި މީހުންނަށް ވަޒީފާ ދިނުން ހުއްޓުމެވެ. ހިތުހުރި ގޮތަކަށް ކަންތައްތައް ކުރުމާއި، ނަހަމަ ގޮތުގައި ދައުލަތުގެ ފައިސާ ހަރަދު ކުރުން އޭރުން ހުއްޓުވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

    ދިވެހިން ބުރަ މަސައްކަތުން ހޯދާ ފާއިސާ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓޭނެ ގޮތަކީވެސް ޖެހިޖެހިގެން ދެދައުރު ރައީސްކަން ކުރަން އެއްވެސް މީހަކަށް ފުރުސަތު ގާނޫނު އަސާސީން ނުދިނުން ކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ. 

    ވޭތުވެދިޔަ ގާތްގަޑަކަށް 17 އަހަރު ތެރޭގައި ރާއްޖެ ދެކެމުން މިދަނީ ލާމަރުކަޒީ ނިޒާމެއް ގާނޫނު އަސާސީގެ 230 ވަނަ މާއްދާއިން ބާރު ލިބިގެން ގެނައުމުގެ ފައިދާ ކަމަށް ވިޔަސް މިހާރު ކުރިމަތިވެފަ މިއޮތީ އެކި ނަންނަމުގެ އެކި އެކި ބޭނުންތަކުގައި ގާނޫނު އަސާސީ ބަދަލުކުރުން ކަމަށް ފައިސަލް ވިދާޅުވިއެވެ.

    ރައްޔިތުންގެ މަޖްލިސްގެ މެމްބަރުންނަށް އަދާކުރުމަށްޓަކައި އޮތް ޒިންމާ އަދާ ކުރަން އޮތް ޖާގަ އެެއްކޮށް ބަދަލުކޮށްފިކަމަށާއި މަޖިލީހުގެ މެމްބަރަކަށް މިއަދު ރައްޔިތުންގެ ހައްގުގައި  ރަށުގެ ހައްގުގައި، އަތޮޅުގެ ހައްގުގައި، ވަކާލާތު ކުރެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ފައިސަލް ވިދާޅުވިއެވެ. 

    ]]>
    Tue, 17 Feb 2026 16:23:05 +0500 މުއާޒު
    އުމައިރަށް އެވޯޑް ދިނަސް ދިވެހީންގެ ރާއްޖެ އޮތީ ރަތުގަ! https://heerasnews.com/3862 https://heerasnews.com/3862 އުމައިރަށް އެވޯޑް ދިނަސް ދިވެހީންގެ ރާއްޖެ އޮތީ ރަތުގައެވެ. ޒާތްޒާތުގެ އެވޯޑް ދީގެން ކުލަބޮކި ދިއްލާ ހަވައަރުވާ އަތްޖެއްސަސް ރާއްޖޭގައި ރަތްބޮކި ނުދިއްލޭ، ރަތަށް ނާރާ އެއް ކަމެއްނެތެވެ. ކޮންމެވެސް ކަމަކާ ރަތަށް ނާރާ މީހަކު ނެތެވެ. ވާނީ އެހެން ތާއެވެ. މުއިއްޒު ދިއްލި ފެހި ސިގުނަލްތައް ވެސް ރަތްވެއްޖެއެވެ. އާމްދަނީއާއި ހޭދަ ނުބައްދަލުވެ އޮބި ނޯވެއެވެ. ނަމުގައި ބަޖެޓްު ޝާޕްލަހެވެ. 

    ހަޒާނާ ރިކަރަންޓަށް ހަރަދުކޮށް ހުސްވެއްޖެއެވެ. ހަރަދު ކުރާނެ ފައިސާ ހުސްވެ އެންމެ ފަހުން ޕެންސަން ފަންޑްވެސް ހުސްވީއެވެ. ސަރުކާރު ހިންގަން ފައިސާ ނެތިގެން ޕެންސަން ފަންޑް މެދުވެރިކޮށް މަނީލޯންޑް ވެސް ކުރަނީއެވެ. 

    ދިވެހި ފައިސާ ކިތަންމެ ވަރަކަށް ޖެއްސަސް ޑޮލަރެއް ނެތެވެ. އަންނަ އެޕްރީލް މަހު އެކަނިވެސް 500 މިލިޔަން ޑޮލަރގެ ދަރަނި ދައްކަންޖެހެއެވެ. އެތެރޭގެ ދަރަނި ބޮންޑާ ޓީބިލުގެ ގޮތުގައި ދައްކަން އޮތީ މަދެއް ސުމާރެއްކޮށް ނޫނެވެ.

    ލެގަސީ ބޮޑުކުރަން ދުނިޔޭގެ އެންމެ ބޮޑު ޖައްރާފު ގެނެސްގެން ރަސްމާލެ ހިއްކަނީއެވެ. އެއަރޕޯޓް ކުންފުނި ދޮވެލައިގެން ރަސްމާލެ ހިއްކުމަކުން ނިމޭކަށް އޮތީއެއް ނޫނެވެ. އެތަނުގައި އާބާދުވެވޭނެ ދުވަހެއް ނޭނގެއެވެ. އާބާދު ކުރުން އެއްކިބާގައި އޮއްވާ ރާޖޫއާއި އެކުގައި ހެދި ޑީލު އުވާލުމުން ގެއްލުމުގެ ބަދަލަށް ރާޖޫއަށް ދޭންޖެހޭނީ ކިހާވަރެއް ކަމެއް ކޯޢްޗެއް ކަމެއް ނޭގެއެވެ. 

    ދުނިޔޭގެ އެންމެ ބޮޑެތި ޖައްރާފްތައް ގެނެސްގެން ރަސްމާލެ އެ ހިއްކަނީކީ ހިލެޔަކު ނޫނެވެ. އެއަރޕޯޓް ކޮމްޕެނީގެ ދަރި ކުންފުންޏަކު ކުރުވާ މަސައްކަތުގެ އަގު ދައްކާނީ އެއަރޕޯޓުންތާއެވެ. ޖައްރާފު ތަކުގެ މަސައްކަތުގެ އަގަށް ރާއްޖޭގެ މައި އެއަރޕޯޓް ނުދީ ސަލާމަތް ވެއްޖެއްޔާ ރަނގަޅެވެ. 

    ބަންކަރިން ހިދުމަތް ދިނުމުގެ ނަމުގައި ތެލުގެ ވަގުވިޔަފާރީގައި ދުނިޔޭގެ އެންމެ ނަން ހިނގާ ވިޓޯލުން އެސްޓީއޯ ކައި ހުސްކޮށް ފޮރިބުއި މަސް ގަނޑަކަށް ހަދާ ނިންމާލަނީއެވެ. ގޭހެއް ބޭހެއް މިހާރަކު އެސްޓީއަކު ނުހުރެއެވެ. ތެލާއި ގޭހާއި ބޭހަށްޖެހި ހުދުފުށް ވާކަށް ގިނަ ދުވަހެއް ނެތެވެ. 

    ޑޮކްޓަރުންގެ އެޕޮއިންޓްމަންޓް ތިން ހަތަރު މަހަށް ދެމިގެން ގޮސް ބޭސް ފަރުވާ ނުކުރެވިގެން ރައްޔިތުން މަރަށް ތެޅެނީއެވެ. ކުރެވެން ހުރެ ރާއްޖޭން ނުކުރެވޭ ބޭސް ފަރުވާގެ ގިލަނުގައި އެތައް ހާސް ބަޔަކުޖެހި ބަލި މީހުންނާއެކު އާސަންދަ އޮތީ ނޭވާ ހޮޅިއަށް އެޅެފައެވެ. ގަވައިދުން ސާފުތާހިރުކޮށް ނުބެލެހެއްޓި ނުތާހިރުވެގެން ގޮސް މެއްސާއި މަދިރިއާއި ކުރަފީގެ ހާއްޔަކަށް އައިޖީއެމްއެޗް ބަދަލު ވެއްޖެއެވެ. ވޯޑްތަކުގެ ފާހާނާ ތަކުގެ ވާހަކަ ރަނގަޅީ ނުދެއްކުމެވެ. 

    އާބާދީގެ ދެބައިކުޅައެއް ބަޔަށް ވުރެ ގިނަ މީހުން ތިބީ ދާއިމީ ބޮޑެތި ބައްޔަށް މުށްފުރާ ބޭސް ކާންޖެހިފައެވެ. ދައުލަތުގެ ހަރަދުގައި ކިޔަވަން ގޮސް ތިބި ކުދިން ބޭރުގައި އެތިބީ މަގުމަތިވެފައެވެ. ގައުމުގެ މަސައްކަތްކުރާ އުމުރުގެ އާބާދީއަށްވުރެ ދަށްފަންތީގެ މަސައްކަތުގައި އުޅޭ ބިދޭސީންގެ އާބާދީ ބޮޑެވެ. މިހާލަތުގައި ގައުމު އޮތްއިރު އަސްކަރީ ބާރުވެރިކަން ހޯދުމުގެ ނަމުގައި މިހާރުން މިހާރަށް ކުރަން ނުޖެހޭ ހަރަދުތަކެއް ޑްރޯނާއި ކަނޑު އުޅަދުފަހަރާއި ބަރުހަތިޔާރަށް އެބަކުރެއެވެ.

    ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް ގައުމުގައި މާލީ ހަމަޖެހުމެއް އިގްތިސޯދީ ހަމަޖެހުމެއް ނެތެވެ. މިދާ ބާރުމިނުގައި ކަންކަން ގޯހުން ގޯހަށް ދާނަމަ ހަގީގަތުގައިވެސް ހިތިބޭސް މިފަހަރު ރައްޔިތުން ބޯންޖެހޭނެއެވެ. ކުރިއަށް އޮތްތާ ބޮޑުތަނުން ދަތިވާނެއެވެ. 

    ]]>
    Mon, 16 Feb 2026 14:35:32 +0500 މުއާޒު
    ޕީއެންސީ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ: ރައީސް ސޯލިހު https://heerasnews.com/3870 https://heerasnews.com/3870 ޕީއެންސީގެ ސަރުކާރެއް އޮވެގެންނެއް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު އެހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕޭން ޖަލްސާއެއްގައި ރޭގައި ނައިފަރުގައި ވާހަކަ ދައްކަވަމުންނެވެ.

    ނައިފަރުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ އެމްޑީޕީ އާއި ޕީއެންސީގެ ތަފާތު ވިދާޅުވެ ދެއްވާފައެވެ. ރައީސް ސޯލިހު ވިދާޅުވާ ގޮތުގައި ހަގީގީ މައްސަލައަކީ ސިޔާސަތުތަކެވެ. ކެންޑިޑޭޓުންނެއް ނޫނެވެ. ކެންޑިޑޭޓުންނަށްވުރެ ބޮޑަށް މައްސަލަ އުޅެނީ ސިޔާސަތުތަކުގައި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

    ޕީއެންސީ މެންބަރުން ކައުންސިލްތަކަށް ހޮވައިގެން ރައްޔިތުންނަށް ވާނެ ރަނގަޅެއް ނުއޮންނާނެ ކަމަށް ވިދާޅުވެ ދެއްވުމުގެ ގޮތުން ރައީސް ސޯލިހު ވިދާޅުވީ ޕީއެންސީ ކެންޑިޑޭޓުން ހޮވައިފިނަ އެބޭފުޅުންނަށް ކުރެއްވޭނީ ރައީސް މުއިއްޒު ވިދާޅުވާ ކަމެއް އެކަނި ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ މުއިއްޒުގެ ސަރުކާރުން ހުރިހާ ބާރުތަކެއް މުށުތެރެއަށްލައި ޖީބަށް ޖަހައިގެން މަސައްކަތް ކުރާ ކަމަށެވެ. 

    މުއިއްޒު ސަރުކާރުގެ ސިޔާސަތުތަކަކީ ވިސްނަންޖެހޭ ވަރުގެ ކަމެއް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މުއިއްޒުގެ ސަރުކާރުގައި ރަށްތަކަށް ދީފައި ހުރި ބާރުތައް އެއްކޮށް ޖަމާކޮށް ގާނޫނަށް ބަދަލުތަކެއް ގެނައުމަށްފަހު ސަރުކާރުގެ ކެންޑިޑޭޓުން ނެރެގެން ކުރައްވަން އުޅެނީ ކޮން ކަމެއްތޯ ވެސް ރައީސް ސޯލިހު ސުވާލު އުފެއްދެވިއެވެ.

    "ކުރިން ދީފައި ހުރި ބާރުތައް ވެސް އެއްކޮށްގެން މުށުތެރެއަށް، ޖީބަށް އެ ހުރިހާ ބާރުތަކެއް ޖަހައިގެން އެ މަސައްކަތް ކުރައްވަން އުޅުއްވަނީ" ރައީސް ސޯލިހު ވިދާޅުވިއެވެ. "ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ކުރައްވަމުން ގެންދަވާ ކަންތައްތަކަކީ ރަށްރަށަށް ދީފައި ހުރި ބާރުތައް އެއްކޮށް ޖަމާކުރުން. ގާނޫނަށް އެތައް ބަދަލުތަކެއް ގެނެސްފި. އެއަށްފަހުގައި ކައުންސިލަށް ކުރިމަތިލައްވައިގެން ދެން ކުރައްވަން އެއުޅެނީ ކޮން ކަމެއްތޯ. ކެންޑިޑޭޓުން ނެރެގެން ކުރައްވަން އެއުޅެނީ ކޮން ކަމެއްތޯ." ރައީސް ސޯލިހު ވިދާޅުވިއެވެ.

    ރައީސް ސޯލިހު ގޮވާލެއްވީ ކައުންސިލް އިންތިހާބުގައި ލާމަރުކަޒީ ނިޒާމުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި ކައުންސިލްތަކަށް ބާރުވެރިކަން ދިނުމުން އޭގެ ހެޔޮ ބަދަލުތައް ވެސް ފެނުނުކަމުގެ ހަނދާން ރައީސް ސޯލިހު އައު ކޮށްދެއްވިއެވެ.

    ]]>
    Mon, 16 Feb 2026 12:55:15 +0500 މުއާޒު
    ޒަރިޔަންދަކީ ޒަރިޔަންދު ބުނާ & އެ މީހާއެއް ނޫން! https://heerasnews.com/3869 https://heerasnews.com/3869 ސިޓީ ކައުންސިލްތަކަކީ މޭޔަރ ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރެވޭކަށް އޮންނަ ތަނެއް ނޫނެވެ. ގާނޫނުގައި މޭޔަރުގެ ހައިސިއްޔަތުން ކުރަން ކަނޑައަޅާފައިވާ މަދުކަމެއް ފިޔަވާ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރަނީ ކައުންސިލުން ފާސްކޮށްގެންނެވެ. މޭޔަރގެ މެނިފެސްޓޯ ތަންފީޒު ކޮށްދޭނެ ކައުންސިލެއްނެތި އެކަނި މާއެކަނި ހުންނަ މޭޔަރަކަށް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. 

    ސިޔާސަތުތަކެއް ތަންފީޒު ކުރެވޭނީ އެކީގައި މަސައްކަތްކުރާނެ ކައުންސިލަރުން ތަކެއް ތިބެގެންނެވެ. އެއްފިކުރެއްގައި މަސައްކަތް ކުރާނެ ކައުންސިލެއް ނެތި ބޮޑެތި ސިންގާ ސިޔާސަތުތަކެއް ތަންފީޒެއް ނުކުރެވޭނެއެވެ. 

    އެތައް ހާސް ޕާކިންގ ސްލޮޓް މާލޭގައި ހެދުމާއި ސިޓީ ކައުންސިލްގެ އާމްދަނީ ދެ ބިލިޔަނަށް ޖެއްސުން ފަދަ ބޮޑެތި ކަންކަން ކުރެވޭނީ މޭޔަރާއި އެކު ސިޔާސީ ގޮތުން އެއް ވިސްނުމެއްގައި މަސައްކަތް ކުރާ ކައުންސިލެއް އޮވެގެންނެވެ. އަމްދުން ސިިޓީ ކައުންސިލްގައި ހިނގާފައިވާ ފަސާދައިގެ މައްސަލަތަކާއި މާލޭގެ ބިމާގުޅޭ ކަންކަން ބަލަން އެއްވެސް ކަމެއް ކުރެވޭނީ ކައުންސިލުން ފާސްކޮށްގެންނެވެ. 

    އިންތިހާބާ ދިމާކޮށް ކިތަންމެ ބޮޑެތި ވައުދުތަކެއް ވިޔަސް އެއްވެސް ސިޔާސީ ޕާޓީއަކާއި ނުގުޅެ ހޮވޭ އެކަނިވެރި މޭޔަރަކަށް އިންގިލާބީ ބަދަލެއް ގެނަހެއް ނުދެވޭނެއެވެ. އާރާއި ބާރާއި އޮވެ ވައުދު ނުފުއްދޭ ގައުމެއްގައި އާރެއް ބާރެއް ނެތި އެއްވިސްނުމެއްގެ ކައުންސިލެއް ނެތި ޒިރިޔަންދެއް ކަމަކު ފުއްދޭނެ ވައުދެއް ނުއޮންނާނެއެވެ.

    ބޮޑު ޕާޓީއެއް ފަހަތުގައި އޮވެމެ ކައުންސިލްގައި މޭޔަރާ އެއްވިސްނުމުގެ ކައުންސިލަރުން ނެތުމުގެ ތަޖުރިބާ މާލެ ސިޓީ ކޮށްފިއެވެ. މޭޔަރ އާޒިމް ކުރައްވަން ބޭނުންފުޅުވީ އެތައްކަމެއް ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ނުކުރެވި ހުރީ މަދެއްކޮށް ނޫނެވެ. މިސާލެއްގެ ގޮތުން މާލޭ ބިންތަކުގެ މައްސަލަތައް އެޖެންޑާކުރުމުން ކޯރަމްގެއްލި ކޮޅެއްގައި ނުޖެއްސި ލަސްވެ ފަސްވަނީ މޭޔަރ އާދަމް އާޒިމަށް އެއްބާރުލުން ދޭނެ ކައުންސިލަރުން ނެތުމުންނެވެ. 

    މޭޔަރ އާދަމް އާޒިމްގެ މޭޔަރުކަމުގައި ކުރައްވާފައިވާ އާސަހަރާ މިސްކިތާއި ބުޅާފެސިލިޓީއާއި ގަބުރުސްތާނު ހުސްކުރުން ފަދަ ކަންކަމަކީ މާލެ ސިޓީ ކައުންސިލުން ކުރަން ފާސްކޮށް އޭރުގެ މޭޔަރުގެ ނާގާބިލުކަމާއި ފަސާދައާއި ހުރެ ހުއްޓި ކުރިއަށް ނުކަނޑާފައި ހުރިކަން ކަމެވެ. އާދަމް އާޒިމަކީ ކުރެވެން އޮތްގޮތަކަށް ކަންކުރައްވާ ނަތީޖާ ނެރެދެއްވާ ބޭފުޅަކަށް ވިޔަތީ ބޮޑެތި ބަދަލުތަކެއް ފެނިގެން ދިޔައީއެވެ.

    ކައުންސިލްގައި މޭޔަރ އާދަމް އާޒިމް ގިނިކަންޏާ ހުންނެވި ނަމަވެސް މޭޔަރުގެ ފަހަތުގައި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އޮތުމަކީ އާދަމް އާޒިމް ސާބިތުކަމާއެކު ކަންކަން ކޮށްލެއްވުމަށް އޮތް އެންމެ ބޮޑު ބާރެވެ. އެމްޑީޕީގެ މޭޔަރުގެ ގޮތުގައި ހިތްވަރާ ކެތްތެރިކަމާއި މައްސަލަ ނުއުފެއްދުމާއި ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާ ގިނިކަންޏާ އާދަމް އާޒިމް ހޯއްދެވިޔަސް އެއްޔަކީ ކޮންމެ ކޮންމެ މީހަކަށް ވާކަހަލަ ކަމެއް ނޫނެވެ. 

    ފަހަތުގައި އެއްވެސް ބޮޑު ސިޔާސީ ޕާޓީއެއް ނެތި ޕާޓީ ތަކުގެ ޓިކެޓްގައި އިންތިހާބުވާ ކައުންސިލަރުންނާއެކު ޒަރިޔަންދުގެ މެނިފެސްޓޯއެއް މާލެ ސިޓީއަކު ނުހިންގޭނެއެވެ. އެކަނިމާއެކަނި ނިކުމެގެން ޒަރިޔަންދަށް މާލެ ބަދަލުކޮށެއް ނުލެވޭނެއެވެ. ޒަރިޔަންދަކީ ޒަރިޔަންދު ބުނާ "އެ މީހާ" އެއް ނޫނެވެ.  

    ]]>
    Sun, 15 Feb 2026 12:31:57 +0500 މުއާޒު
    އާޒިމަށް ވޯޓްދެއްވާ! އެއީ އުފާވެރި ކުރިމަގަކަށް ދެވޭ ވޯޓެއް: ޝިހާބު https://heerasnews.com/3868 https://heerasnews.com/3868 މާލެ ސިޓީ މޭޔަރ އޮނަރަބަލް އާދަމް އާޒިމްގެ ހިދުމަތްތެރި ކަމުގެ ވާހަކައަކީ އައުވާހަކައެއް ނޫނެވެ. އާދަމް އާޒިމަކީ ގައުމީ ހިދުމަތުގައި މިޒަމާނުގެ އުމަރު ޒާހިރެވެ. ނަތީޖާ ނެރެ ދިނުމުގައި މިޖީލިގެ ސައިކުރާ ނައީމެވެ. ވަގުތަށް ކަމޭ ހިތުމާ ގަޑިން ގަޑިއަށް ކަންކަން ނިންމުމުގައި މިހާރުގެ ޒާހިރު ނަސީރެވެ.

    އާދަމް އާޒިމުގެ ހިދުމަތްތެރިކަމާއި ގުޅޭގޮތުން ތައުރީފް ނޫން އެއްޗެއް ނީވެއެވެ. ވާދަވެރިންވެސް އާޒިމުގެ ގާބިލުކަމާއި މުރާލިކަމާއި ހީވާގި ކަމާމެދަކު ސުވާލެއް ނުއުފައްދައެވެ. އަދިވެސް މާލޭ މޭޔަރ ކަމަށް ގެންނަން އެންމެ ގާބިލު މީހަކީ އާދަމް އާޒިމްކަމަށް އެކި މަހައްލު ތަކުގައި އެކި މީހުން އެކި ސިފަސިފާގައި އަންނަނީ ބުނަމުންނެވެ.

    އެގޮތުން އާދަމް އާޒިމްގެ ގާބިލުކަމާއި ހިދުމަތުގެ މައްޗަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކީ މަސްހޫރު ސްމައިލް ޝިހާބެވެ. ޝިހާބަކީ ތައުލީމީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން ހިދުތްކުރައްވާ އިޖުތިމާއީ ދާއިރާއިން ގިނަ ބައެއްގެ ލޯތްބާއި ރުހުން ހޯއްދަވާފައިވާ ބޭފުޅެކެވެ.

    ޝިހާބު ވިދާޅުވަނީ މީގެ ދެ އަހަރު ކުރިން ބޭއްވުނު މޭޔަރުކަމުގެ ބައި-އިލެކްޝަނާ ހިސާބުން ފެށިގެން، މޭޔަރ އާޒިމްގެ މަސައްކަތް ވަރަށް ގާތުން ދެކިވަޑައިގަތް ކަމަށެވެ. އެކި ދާއިރާތަކުން ކުރިމަތިވި ގޮންޖެހުންތަކާއި ނުތަނަވަސްކަމުގެ ތެރޭގައިވެސް، އާޒިމް ގެ ކެރުމާއި ސާބިތުކަމަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި ކަންކަން ހާސިލުކުރެވޭނެކަމުގެ ފުރިހަމަ އިތުބާރާއެކު، ކޮންމެ ހުރަހަކާވެސް ކުރިމަތިލީ ނުހަނު ކެތްތެރިކަމާއެކުގައި ކަމަށް ޝީހާބު ވިދާޅުވެއެވެ.

    ޝިހާބު ވިދާޅުވާ ގޮތުގައި އާޒިމަކީ އަބަދުވެސް އެންމެން އެއްގަލަކަށް އަރުވައި، ގުޅުންތައް ބަދަހިކުރާ ލީޑަރެކެވެ. ބައިބައިވުން އުފެދޭ ފަދަ ކަންކަމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި، އާޒިމް އިސްކަންދެނީ ސިޓީގެ ތަރައްގީއަށާއި ރައްޔިތުންގެ ލާބައަށް ކަމަށާއި ބޭކާރު ވާހަކަތަކަށް ސަމާލުކަން ނުދީ، މަސައްކަތުގެ މައިދާނުގައި ސާބިތުވެ ހުރުމަކީ، އާޒިމަކީ ނަމޫނާ "ޓީމް ޕްލޭޔަރެއް" ކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ޝިހާބު ވިދާޅުވެއެވެ. ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި، އޭނާ މަސައްކަތްކުރެއްވީ ހަމައެކަނި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތަކުން ނޫންކަމަށާއި ކޮންމެ ދުވަހަކުވެސް ނުކުމެވަޑައިގަތީ ސީދާ އަމާޒެއް އޮވެގެން، ނަތީޖާ ނެރުއްވުމުގެ ވަރުގަދަ އަޒުމެއްގައެވެ.

    އާޒިމް ވިދާޅުވި ވާހަކައެެއް އަޅުގަނޑު އަބަދުވެސް ހަނދާން ހުންނާނެ ކަމަށް ވިދާޅުވަމުން ޝިހާބު ވިދާޅުވި ގޮތުގައި އާޒިމް ވިދާޅުވީ "އަޅުގަނޑު ބޭނުންވަނީ ކޮންމެ ރައްޔިތަކަށްވެސް، އަޅުގަނޑަށް ލިބިފައިވާ ފަދަ އުފާވެރި ފަހި ދިރިއުޅުމެއް ލިބުމަށް." ކަމަށެވެ.   އާޒިމަށް ވޯޓެެއް ދެއްވާށެވެ. އެއީ އުފާވެރި ކުރިމަގަކަށް ދެވޭ ވޯޓެކެވެ.

    ]]>
    Sat, 14 Feb 2026 16:20:14 +0500 މުއާޒު
    ގާސިމަށް ލޫކަސް: ދިވެހިން ފަގީރަސް ދިވެހިރާއްޖެ މުއްސަނދި https://heerasnews.com/3867 https://heerasnews.com/3867 ރާއްޖޭގެ ބޮޑު މަހުޖަނު ގާސިމް އިބްރާހީމް ދެކޭގޮތުގައި ރާއްޖެ ދަރަނިވެރިވަނީ ދިވެހީން ފަގީރު ކަމުންނެވެ. ރާއްޖެ ދަރަނި ވުމުގައި ސަރުކާރުގެ ކުށެއް ނެތްކަމަށް ވިސްނާދޭން ގާސިމު ދައްކަވާ ވާހަކައަށް ރައްދު ދެއްވާ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫނު ޖަލީލް ( ލޫކަސް ޖަލީލް) ވިދާޅުވަނީ ދިވެހިން ފަގީރަސް، ދިވެހި ރާއްޖެ މުއްސަނދި ކަމަށެވެ.

    ހަމަ އެކަނި ޓޫރިޒަމް އާމްދަނީއަށް 30 ބިލިއަން ރުފިޔާ ލިބޭ 3 ލައްކަ މީހުންގެ ކުޑަ ގައުމެއް ފަގީރުވުމުން ލޫކަސް ސުވާލު އުފައްދަވައެވެ. އެ ސުވާލަކީ ހަމައެކަނި ލޫކަސް އުފައްދަވާ ސުވާލެއް ނޫނެވެ. ރާއްޖޭގެ ގިނަބަޔަކާއި މުޅިދުނިޔޭގައިވެސް އެސުވާލަކީ އުފެދޭ ޖަވާބު ނުލިބޭ ސުވާލެކެވެ.

    ދަރަނި އިތުރުވަނީ ސަރުކާރުގެ ސަބަބުން ނޫންކަމަށް ގާސިމު ވިދާޅުވިޔަސް އެކަން އޮތީ އެހެން ނޫންކަން އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނެއެވެ. ރާއްޖެ ދަރަނިވެރިވާ ބައެއް ސަބަބުތައް ލޫކަސް ފާހަގަވެސް ކުރައްވައެވެ.

    ލޫކަސް ފާހަގަކުރައްވާ ކަންކަމުގެ ތެރޭގައި ސިޔާސީ މަގާމު ގިނަކޮށް ސިޔާސީ އިސްރާފު ބޮޑުވުމާއި ހަމަ އެކަނި ސިޔާސީ ތާއީދު ހޯދަން ގައުމީ ތަރައްގީގެ ޕްލޭނެއް ނެތި ތަރައްގީގެ މަޝްރޫއުތައް ހިންގުން ހިމެނެއެވެ. ކޮންމެ މަޝްރޫއެއްގައި ސިޔާސީ ކަޓު ހިމެނުމާއި ދައުލަތަށް ލިބޭ އެއްޗެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލޭ ގެއްލުން ލޫކަސް ފާހަގަ ކުރައްވައެވެ.

    ޓޫރިޒަމް ނޫން ސިނާއަތްތައް ކުރި ނޭރުވޭތީ އާއި އިމްޕޯޓް ދަށްކޮށް އެކްސްޕޯޓް މަތިނުކުރެވުމަކީ ދަރަނިވެރި ވުމުގެ ސަބަބެއް ކަމަށް ވެސް ލޫކަސް ފާހަގަ ކުރައްވައެވެ. ދަރަނި ދައްކަން ދަރަނި ނަގުމަކީވެސް ދަރަނިވެރިވުމުގެ ސަބަބެއްކަމަށް ލޫކަސް ފާހަގަ ކުރައްވައެވެ.

    ބުނެވި ދިޔަ ހުރިހާ ކަމަކަން ކަމަކީވެސް ރާއްޖެ ދަރަނިވެރި ވުމުގައި ސަރުކާރުތަކުގެ ކުށްކަމަށް ލޫކަސް ވިދާޅުވެއެވެ. އެހެންނަމަވެސް ސިޔާސީ ގޭމްކުޅެގެން ދައުލަތް ނޮޅާކާލާ ގާސިމު އިބްރާހީމް ފަދަ ކަލާސީންނަކަށް ނަވެއް ބަލެއް ނުވާނެއެވެ.

    ]]>
    Sat, 14 Feb 2026 15:23:51 +0500 މުއާޒު
    ވޯޓުލުމުގެ ހައްގު ގެއްލުވާލަން ހިންގާ ނާތަހުޒީބު އަމަލު ހުއްޓާލާ: ފައްޔާޒު https://heerasnews.com/3866 https://heerasnews.com/3866 މުވައްޒަފުންގެ ވޯޓުލުމުގެ ހައްގު ގެއްލުވާލަން ރައީސް މުއިއްޒު އެހިންގާ ނާތަހުޒީބު އަމަލު ހުއްޓާލުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ގޮވާލައްވައިފިއެވެ. 

    އޮނަރަބަލް ފައްޔާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައި ޖެއްސުންކޮށް އެމީހުންގެ ވޯޓު ކަށަވަރުކުރުމަށް އެމީހުން ތިބި ރަށް ނޫން އެހެން ރަށްރަށަށް އެމީހުން ރީރަޖިސްޓަރީ ކުރުވަން ރައީސް މުއިއްޒު ފައްޓަވާފައި ވާކަމަށެވެ. އެއީ ކައުންސިލް އިންތިހާބު ގެއްލިދާނެކަމުގެ ސިހުން ރައީސް މުއިއްޒަށް އޮތް މިންވަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

    ކައުންސިލް އިންތިހާބުގައި ސަރުކާރަށް ތާއިދު ނެތް މަންޒަރު ފެނުމުން ވަޒީފާގެ ބިރު އެތައް ބަޔަކަށް އަންނަނީ ދައްކަމުން ކަމަށް މީގެކުރިންވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން އޮނަރަބަލް ފައްޔާޒާ އެކު ފޮޓޯއެއް ނެގުމުން ތިނަދޫ ސިޓީގައި ވެމްކޯގައި މަސައްކަތް ކުރަމުންދިޔަ ނާބިތު އާއި ނާއިފް އާއި ސާލިހް އަހްމަދު ކުޅުދުއްފުށި ސިޓީ އާއި އިހަވަންދޫއަށް ބަދަލުކޮށްފައިކަމަށް ވަނީ ވިދާޅުވެފައެވެ.

    ދޮގު ބަޔާނެއްގައި ސޮއިކުރުވަން މަޖުބޫރު ކުރުވައި އެ ތިން މުވައްޒަފުންނަށް ސަރުކާރުން ދިނީ ބޮޑު އަނިޔާއެއް ކަމަށްވެސް ފައްޔާޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.  

    ގަދަ ބާރު ދައްކައިގެން ތާއީދު އިތުރު ނުވާނެ ކަމަށާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ ހިޔާލު ފާޅުކުރުމަކީ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް އޮތް ހައްގެއް ކަމަށް ފައްޔާޒު ކުރީން ވިދާޅުވެފައިވެއެވެ. ދިވެހިންގެ ހުރިހާ މަދަނީ އަދި ސިޔާސީ ހައްގަކަށް ޕީއެންސީން އަރައިގަންނަމުންދާތީ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ބޮޑުތަނުން އަޅުގަަނޑުމެން ނޫނެކޭ ބުނަން ޖެހޭކަމަށް ފައްޔާޒު ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ.  

    ]]>
    Fri, 13 Feb 2026 15:46:48 +0500 މުއާޒު
    ވެރިކަމުގައި ހުރީ ވަގުތީ ރައީސެއް: ޝާހިދު https://heerasnews.com/3865 https://heerasnews.com/3865 މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި މުހައްމަދު މުއިއްޒަކީ ވަގުތީ ރައީސެއް ކަމަށާއި ވަގުތީ ރައީސް މުއިއްޒަށް ވޯޓުދޭން ޖެހޭ ސަބަބެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު އެހެން ވިދާޅުވީ ލޯކަލްކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރަން އެމްޑީޕީން ބޭއްވި ޖަލްސާގައި މިރޭވާހަކަ ދައްކަމުންނެވެ.

    ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޝާހިދު ދަންނަވާލަން އޮތް ވާހަކައެއް ކަމަށް ވިދާޅުވެ ޝާހިދު ވިދާޅުވީ މި ސަރުކާރަށް ބާކީ އޮތީ ދެ އަހަރު ކަމަށެވެ. މި ރައީސަށް ވޯޓްދޭން ޖެހޭ ސަބަބެއް ނެތްކަމަށާއި 2028ގައި އުފެދޭނީ އެމްޑީޕީގެ ސަރުކާރެއް ކަމަށް އޮނަރަބަލް ޝަހިދު ވިދާޅުވިއެވެ.

    މިހާރު މިއޮތީ ވަގުތީ ސަރުކާރެއްކަމާއި ހުންނެވީ ވަގުތީ ރައީސެއް ކަމަށް ވިދާޅުވަމުން ޝާހިދު ވިދާޅުވީ އެމްޑީޕީ މެންބަރުން މިހާރު ނިކުމެވަޑައިގެން ތިއްބެވި ގޮތަށް އަތުގުޅާލައިގެން އެކުގައި ނިކުމެ މި ސަރުކާރު ބަލިކޮށްލެވޭނެ ކަމަށެވެ.

    ކައުންސިލް އިންތިހާބުގައި ހުރިހާ އެންމެން ނިކުމެ ވޯޓު ފޮށިތައް ފުރާލައި މުއިއްޒު ބަލިކުރަން ޖެހޭ ކަމަށާއި އެކަން އެމްޑީޕީން ކުރަން ތައްޔާރަށް އޮތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ]]>
    Fri, 13 Feb 2026 00:28:27 +0500 މުއާޒު
    ދެ އިންތިހާބު އެއްކޮށްލާ ދައުރު ދަންމާލަން މުއިއްޒަށް ފުރުސަތު ނުދެއްވާ: ޝާހިދު https://heerasnews.com/3864 https://heerasnews.com/3864 ދެ އިންތިހާބު އެއްކުރުމަށާއި ވެރިކަމުގެ ދައުރު ދަންމާލުމަށް މުއިއްޒަށް ފުރުސަތު ނުދިނުމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން މި ސަރުކާރުން ނިންމާފައިވަނީ ރައްޔިތުންނަށް ބަސް ނުބުނެވޭހެން އަނގަމަތީ މަލަން އެޅުވުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

    އެމްޑީޕީން ބޭއްވި ކެންޕޭން ލޯންޗްކުރުމުގެ ޖަލްސާގައި ޝާހިދު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި ދެއިންތިހާބު އެއްކޮށްލަން ފެންނަ ނުފެންނަ ވޯޓެއް ނަގަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ނޫންކަމަށާއި ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ކަމަށެވެ. 20 މިލިއަން ރުފިޔާ ސަލާމަތްކުރަން ބޭނުންވާނަމަ ދެ އިންތިހާބު އެއްކުރުމަށްވުރެ 30 މީހުން ސިޔާސީ ވަޒީފާތަކުން ވަކިކުރުމުން އެ ހަރަދު ކުޑަވާނެ ކަމަށް ޝަހިދު ވިދާޅުވިއެވެ.

    މަޖިލިސް ދައުރު ކުރުކޮށްލާ ދެއިންތިހާބު އެއްކޮށްލަން ފެންނަ ނުފެންނަ ވޯޓެއް ނަގާ އުސޫލުން ރިޔާސީ ދައުރު ދަންމާލުމަށް ވެސް ވޯޓެއް ނަގާނެ ކަމަށްވެސް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. ދެއިންތިހާބު އެއްކޮށްލުމުގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ބޭނުމަކީ ވަކަރަށް ޖަހާލުމެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

    ދެ އިންތިހާބު އެއްކޮށްލަން ނަގާ ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ވެއްޖެނަމަ އަންނަ އަހަރު ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލަން ވޯޓެއް ނަގާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. ދައުރު ދަންމާލުމުގެ ވޯޓު މުއިއްޒު ކާމިޔާބުކޮށްފިނަމަ ދެން މި ރާއްޖޭގައި ދުވަހަކުވެސް ރިޔާސީ އިންތިހާބެއް ނުބާއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

    "ހިތްޕުޅަށް ގެންނަވާ ކުރުކޮށްލަން އަހާ އެއްޗެއް ދިގުކޮށްލަންވެސް އަހާނެ. މި އަހަރު އެ އަހަނީ ކުރުކޮށްލަން. މި އަންނަ އަހަރު އަންނާނީ ދިގުކޮށްލަން، ރައީސުލްޖުމްހޫރިއްޔާގެ އަހަރު 10 އަހަރަށް ޖައްސާލަން. އޭރަށް އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ. އޭގެ ފަހުން ދިވެހިރާއްޖޭގައި އެއްވެސް ގޮތަކަށް ރިޔާސީ އިންތިހާބެއް ނޯންނާނެ،" ކަމަށް ޝާހިދު ވިދާޅުވިއެވެ. 

    ]]>
    Fri, 13 Feb 2026 00:18:39 +0500 މުއާޒު
    ސްކޫލެއްގައި ބަޑިޖަހައި އެކަކު ޒަޚަމްކޮށްލައިފި https://heerasnews.com/3863 https://heerasnews.com/3863 ތައިލެންޑުގެ ދެކުނު ސަރަހައްދުގެ ސްކޫލެއްގައި ބުދަ ދުވަހު ބަޑިޖަހައި، ބައެއް ދަރިވަރުންނާއި މުދައްރިސުން ރަހީނުކުރި ހާދިސާއެއްގައި އެކަކު ޒަހަމްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

    ސޮންގްކްލާ ޕްރޮވިންސްގެ ހާޓް ޔާއީ ޑިސްޓްރިކްޓްގައި ހުންނަ މި ސްކޫލުގައި މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ގަޑިން ހަވީރު 4:45 ހާއިރު، ކިޔެވުން ނިމި ދަރިވަރުން ގެއަށްދާން ތައްޔާރުވަމުންދަނިކޮށް، ހަމަލާދިން މީހާ ސްކޫލުގެ ތެރެއަށް ވަދެގަތުމާ ގުޅިގެންނެވެ.

    ފުލުހުންނާއި، ހާއްސަ އޮޕަރޭޝަންތަކާ ބެހޭ ޔުނިޓުތަކުގެ އިތުރުން ރެސްކިއު ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދު ބަންދުކޮށް، ހާލަތު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

    ކަމާބެހޭ އިދާރާތަކުން އެ ސަރަހައްދުގައި ތިބި މީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އިސް އޮފިޝަލުން ދަނީ ބަޑިޖެހި މީހާއާ ވާހަކަދައްކައިގެން (ނެގޯޝިއޭޓްކޮށްގެން) މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

    ]]>
    Thu, 12 Feb 2026 18:48:16 +0500 މުއާޒު
    ރިޒާވް 1.13 ބިލިއަން ޑޮލަރުގަ! ރައްޔިތުން ކަރުތާފެނުގަ! https://heerasnews.com/3861 https://heerasnews.com/3861 ރައީސް މުއިއްޒެވެ. ދިވެހި ސަރުކާރެވެ. އޮޅުވާލަން ނުހައްދަވާށެވެ. ދައުލަތުގެ ރަސްމީ ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރަށް އުފުލިގެން ބައިސާ ކެނޑުމަކީ ބޮޑު އޮޅުވާލުމެކެވެ. އަނގަފުރާ ކޮންމެ ވާހަކައެއް ދެއްކެވިޔަސް ދިވެހިރާއްޖޭގެ އިގުތިސޯދަށް އިތުބާރެއް ނެތެވެ. ބޭރު ފައިސާ ދައުރުވާ މިންވަރު ހަރުދަނާ ވެގެނެއްވެސް ނުދެއެވެ. 

    ދައުލަތުގެ ރަސްމީ ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިގެން ރައްޔިތުންގެ ލޮލުގައި އަޅުވަން އުޅޭ އަދުނުގެ ހަގީގަތް ދަންނަ މީހުން ބައިވަރެވެ. މާތް ކަލާކޯއެވެ. އެންމެންނަކީ ގަމާރުންނެއް ނޫނެވެ. ޖުމްލަ ރިޒާވް އާއި ބޭނުން ކުރެވޭ ރިޒާވްއަކީ ކޮންއެއްޗެއްކަން އޮޅިގެން ބަޔަކަށް އުޅުނަސް ގިނަ މީހުނަށް ވާނުވާ އެނގެއެވެ. 

    ޖުމްލަ ރިޒާވް އަކީ އެމް.އެމް.އޭ ގައި ރައްކާކުރެވިފައިވާ ބޭރު ފައިސާގެ މުޅި ޖުމްލަ ކަމާއި ބޭނުންކުރެވޭ ރިޒާވް އަކީ ދައުލަތުން ދައްކަންޖެހޭ ބިލްތަކަށް ފައިސާ ދެއްކުމަށްފަހު، ބާކީ ހުންނަ ފައިސާގެ މިންވަރުކަން ނޭނގޭނީ މަދު މީހަކަށެވެ. އެހެން އެކަން އޮއްވާ ޖުމްލަ ރިޒާވްގެ އަދަދު ބިލިއަނުން ހުރިކަން ދައްކައިގެން އާންމުން ރުއްސަން އުޅުމަކީ، އޭގެ ހަގީގީ މާނަ ނޭނގޭ މީހުންނަށް ކަންކަން އޮޅުވާލުމަށް ކުރާ ކަމެކެވެ.

    ބޭރުގެ ދަރަނިތަކާއި، ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ ނުވަތަ އެނޫންވެސް ބޭރުގެ މާލީ އިލްތިޒާމްތައް އަދާކުރުން ފަސްކޮށް، ނުވަތަ އެ ދަރަނިތައް އަލުން ތަރުތީބުކޮށް ނުވަތަ ދެއްކުމުގެ މުއްދަތު އިތުރުކޮށްފިނަމަ އެ ފައިސާ އަދަދުތައް ހުރި ފައިސާގެ ގޮތުގައި ހިސާބުތަކުން ފެންނަން ހުންނާނެއެވެ. ނަމަވެސް، އެއީ އަދާކުރަންޖެހޭ ޒިންމާތަކުގެ ނިމުމެއް ނޫނެވެ. އެ ޒިންމާތައް ހަމަ އެގޮތުގައި ދެމިއޮންނާނެއެވެ.

    ދައުލަތުގެ ރަސްމީ ރިޒާވް 1.13 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިގެން މަތިހަށި ނަގާއިރު ހަގީގަތަކީ ރާއްޖެ މިދަނީ އިގްތިސާދީ އަޑިގަނޑަކަށެވެ. ކިތަންމެ ވަރަކަށް އޮޅުވާލަން އުޅުނަސް ގައުމުގައި މާލީ ހަމަޖެހުމެއް އިގްތިސޯދީ ހަމަޖެހުމެއް ނެތެވެ. ހަމަ ޖެހުމެއް އަތުވެދާނެ ކަމުގެ ކުލަވެސް ނުފެނެއެވެ. މިދާ ބާރުމިނުގައި ކަންކަން ގޯހުން ގޯހަށް ދާނަމަ ހަގީގަތުގައިވެސް ހިތިބޭސް މިފަހަރު ރައްޔިތުން ބޯންޖެހޭނެއެވެ. ކުރިއަށް އޮތްތާ ބޮޑުތަނުން ދަތިވާނެއެވެ. މިހާރުވެސް ރައްޔިތުން ތިބީ ކަރުތާފެނުގައެވެ.

    ]]>
    Thu, 12 Feb 2026 13:25:13 +0500 މުއާޒު
    މުސްތަފާ ސާބިތުކޮށްދިނީ އިބޫ ކޮރަޕްޝަނަށް ޖާގަ ނުދިންކަން! https://heerasnews.com/3860 https://heerasnews.com/3860 ރައީސް ޔާމީނުގެ ވެރިކަމުގައި ގޮހޮރުކޮޅަށް ކައިގެން ރައީސް ޔާމީނަށް ހަރާންކޯރުވި ބަޔަކު އުޅުނުކަމީ މުޅި ދުނިޔެ ދަންނަ ހަގީގަތެކެވެ. އަދީބެއް ޒިޔަތެއް އެކަންޏެއް ނޫނެވެ. ޕީޕީއެމްގެ މެންބަރުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތިބި ކިތަންމެ ބަޔަކުވެސް ހިޔާނާތުގެ ފައިސާ ކޭކަމަށް ކިޔާއުޅުނެވެ. 

    ޔާމީނަށް ހަރާންކޯރުވި ކަމަށްވެގެން ޔާމީނުގެ ޕާޓީއަށް ނިސްބަތްވާ މެންބަރުންތަކެއް މަޖިލީހުން ބޭރުކޮށް ބާރާ ނުފޫޒުން  12 މެންބަރެއްގެ ގޮނޑި ގެއްލުވާލިއެވެ. ގޮނޑި ގެއްލުވާލި ބާރަ މެންބަރުން އަރައިގެން ރުޅީގައި ވާދަވެރި އެމްޑީޕީއާއި ގުޅިގެން ޔާމީނުގެ ވެރިކަން ނިންމަން ނިކުތެވެ. ކަށީގެ މަދަށް މަސައްކަތްވެސް ކުރިއެވެ. އެއްޔަކީ ފަހަރެއްގައިވެސް އެމްޑީޕީއާއި އެމްޑީޕީގެ ކެންޑިޑޭޓަށް އޮތް ތާއީދަކުން އުޅުނު ގޮތެއް ނޫނެވެ. ޔާމީނު ވެރިކަމުގައި ހުރެއްޖެނަމަ ކޮށްފާނެ ކަމަކަށް ބިރުން ހަށިރައްކަލަށް އުޅުނު ގޮތެކެވެ. 

    ސަރުކާރު އޮންނަ ކޮޅުގައި ތިބެގެން ދައުލަތް ދަވާލުމަށް ނިޔަތް ގަނެގެން ވެރިކަން ހޯދަދޭން ކެންޕޭނުކޮށްދީ ހަދާބަޔަކުވެސް އުޅެއެވެ. ޔާމީނު ވެރިކަމުގައި ޕީޕީއެމްގެ މަޖިލިސް މެންބަރުންގެ ގޮތުގައިތިބެ އެމްޑީޕީ ވެރިކަމަށް ގެންނަން މަސައްކަތްކުރި ގިނަ މީހުންނަކީ އޭގެ މީހުންނެވެ. ތިމަރަފުށީ މުސްތަފާއެއް ދިއްދޫ ލަތީފެއް ކިޔާނެ ކަމެއް ނެތްތާއެވެ. 

    ރައީސް ސޯލިހުގެ ވެރިކަމުގައި އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވެރިކަން ކުރާ ކޯލިޝަންގެ ޓިކެޓް ނުލިބި އަމިއްލައަށް ނިކުމެ ވާދަކޮށްގެން ގޮނޑި ކާމިޔާބު ނުކުރެވުމަކީ ރައީސް ސޯލިހުގެ މައްސަލައެއް ނޫނެވެ. މަޖިލީހުގެ ގޮނޑި ނުލިބުމުން ހީލަތްތެރި ޑީލު ހަދައިގެން ދައުލަތުން އެތައް މިލިޔަން ޑޮލަރެއް ދަވާލަން ކުރި މަސައްކަތް ނާކާމިޔާބު ވުމުން ބުއްދި ފަސްވާނެއެވެ. ރުޅިވެސް އަންނާނެއެވެ. އެހެން އެންމެންނަކީ ވަގުންނޭވެސް ކިޔޭނެއެވެ.

    ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރ މުސްތަފާ ވެސް އެއުޅުއްވަނީ އެކަހަލަ ނަފްސާނީ ބަލިމަޑު ކަމެއްގައި ނޫންކަމެއް ނޭގެއެވެ. ވެރިކަމަށް ގެނައުމަށް ކިތަންމެ ގަދައަށް ކެންޕޭނު ކޮށްދިން ނަމަވެސް ބޭނުން ވާހާކަމެއް ބޭނުންވާހާ ގޮތަކަށް ރައީސް ސޯލިހަކަށް ވެސް ކޮށެއް ނުދެއްވޭނެއެވެ. 

    ތިމަރަފުށީ މުސްތަފާ ފަދަ ރައީސް ސޯލިހަށް މުހިންމު މީހަކަށް ބޭނުންވީހާ ކަމެއް ބޭނުންވީހާ ގޮތަކަށް ނުވުމަކީ ރައީސް ސޯލިހުގެ ވެރިކަމުގައި ކޮރަޕްޝަނާ ފަސާދައަށް ފުރުސަތު ނުދެއްވި ކަމުގެ ސާފު ހެއްކެކެވެ. ވަކި މީހަކަށް ވަކިގޮތަކަށް ކަމެއް ކޮށްދެއްވާނެ ނަމަ ރައީސް ސޯލިހު ތިމަރަފުށީ މުސްތަފާ ބޭނުންވީހާ ކަމެއް ބޭނުންވީހާ ގޮތަކަށް ކޮށްދެއްވީހެވެ. 

    އިސްލާމް ދީން އެކަމަކަށް ބާރުއަޅާކަމަށް ބުނެ އަމިއްލަ އަމިއްލައަށް މީހުން މެރުމަށް ބާރުދޭ ގޮތަށް ވާހަކަ ދެއްކުމަކީ އިސްލާމީ ޝަރީއަތް ދަންނަކަމެއް ނޫނެވެ. މަޖިލިސް ގެއްލި ހަދަން އުޅުނު ކޮރަޕްޝަންގެ ޑީލްތައް ފަނުފުލުން ދިޔައިމާ ރުޅިގަދަވެ އަދުލުވެރި ހުކުމެއްނެތި އެއް މުސްލިމަކު އަނެއް މުސްލިމަކު ދަންޖައްސާ މަރަންޖެހޭ ކަމަށް ބުނުމުން ހިތާމަކޮށް ނަފްސްގެ ބަލިކަށިކަމަށް ހަމްދަރުދީވެވެއެވެ. 

    ]]>
    Wed, 11 Feb 2026 13:44:57 +0500 މުއާޒު
    ދެ އިންތިހާބު އެއްކޮށްލަނީ ރައްޔިތުންގެ ބާރުވެރިކަން ފޭރިގަތުމަށް: ހަސަން ލަތީފު https://heerasnews.com/3859 https://heerasnews.com/3859 ދެއިންތިޚާބު އެއްކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ހަރަދު ކުޑަކުރުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެދައްކަވާ ވާހަކަ އަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމަށް އަލްއުސްތާޒު ހަސަންލަތީފު ވެސް ވިދާޅުވެއެވެ. 

    ހަސަން ލަތީފު ވިދާޅުވަނީ "ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގެ މަގާމުތަކުން އެންމެ 30 ވަޒީފާ އުނިކުރިޔަސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ފައިސާ ސަލާމަތް ކުރެވޭ" ކަމަށެވެ. އެހެން ކަމުން ދެއިންތިހާބު އެއްކޮށްލުމާ ހަރަދު ކުޑަކުރުމާ އެއްވެސް ގުޅުމެއް އޮތްކަމަކަށް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.

    ދެ އިންތިހާބު އެއްކޮށްލުން އަލްއުސްތާޒު ހަސަން ލަތީފު ސިފަކުރައްވަނީ ހަރަދު ކުޑަކުރުމަށް ކުރެވޭ ކަމެއްގެ ގޮތުގައެއް ނޫނެވެ. ރައީސް މުއިއްޒު ދެ އިންތިހާބު އެއްކޮށްލަން އެ އުޅުއްވަނީ  ރައްޔިތުންގެ ބާރުވެރިކަން ފޭރިގަތުމަށް ކަމަށް ހަސަން ލަތީފު ވިދާޅުވެއެވެ. 

    ހަސަން ލަތީފު ވިދާޅުވަނީ އެކަމަކީ ރައްޔިތުން ބަސްބުނަން ލިބޭ ފުރުސަތުތައް ހަނިކުރަން ކުރާ ކަމެއް ކަމަށެވެ. " އެކަމަކީ، ހަރަދަކާ ގުޅޭ ކަމެއް ނޫން" ހަސަން ވިދާޅުވިއެވެ.

    ލޯކަލް ކައުންސިލް އިންތިހާބާއި އެކުގައި ބާއްވާ ރެފެރަންޑަމްގައި ރައީސް މުއިއްޒުގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންގެ އަތުގައި ބާއްވަންޖެހޭ ކަމަށް ހަސަން ލަތީފު ވިދާޅުވެއެވެ. 

    ]]>
    Wed, 11 Feb 2026 11:53:08 +0500 މުއާޒު
    ގާނޫނުތައް ފުނޑާލައިގެން މުއިއްޒު އުޅެނީ ވެރިކަން ދަންމާލަން: މަޓޭ ޒާކިރު https://heerasnews.com/3858 https://heerasnews.com/3858 ރައީސް މުއިއްޒަކީ ދިގުދެމިގެންވާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑު ކޮށްލައިގެން ހުންނާނެ މީހެއް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެއެވެ. 

    ރާއްޖޭގެ މިވަގުތުގެ ރައީސުލްޖުމްހޫރިއްޔާއަކީ ކޮންކަހަލަ ބޭފުޅެއްކަން ވިދާޅުވެ ދެއްވަމުން މައުރޫފް  ޒާކިރު ވިދާޅުވީ "ރައްޔިތުން ވިސްނާ، ރައްޔިތުން އަޅުގަނޑުމެންނާއެކު ނިކުމެ މި ސަރުކާރު ހަމަ މަގަށް ނާޅުވައިފިކަމުގައިވާނަމަ ރައީސުލްޖުމްހޫރިއްޔާއަކީ ދިގު ދެމިގެންވާ ވެރިކަމެއް ކުރުމަށް ގާނޫނުތައް ފުނޑުފުނޑު ކޮށްލައިގެން ހުންނާނެ މީހެއް " ކަމަށެވެ. 

    ރައްޔިތުންގެ މަޖިލިސްގެ ދައުރު ކުރުކޮށްފިނަމަ، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފަސް އަހަރުގެ ތެރޭގައި ނުފުއްދޭތީ ރިޔާސީ ދައުރު ދިގުކުރާނެ ކަމަށް ވިދާޅުވަމުން މަޓޭ ވިދާޅުވީ ރައީސް ދައުރު ދިގުކޮށްލުމަށްޓަކައި ގާނޫނު އަސާސީއާ ކުޅެންފެށީ ކަމަށެވެ.

    ރައްޔިތުންނަށް ރައްޔިތުންގެ ހަގީގީ ބާރު ބޭނުންކޮށްލަން ލިބެނީ ވޯޓުލުމުގެ ފުރުސަތު ކަމަށް ވާއިރު ވޯޓް ލުމުގެ ހައްގު ނިގުޅައިގަތުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުންދާ ކަމަށް މައުރޫފް ތުހުމަތު ކުރައްވައެވެ. 

    މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ގާނޫނުއަސާސީ ބަދަލުގެންނަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލު އެއްވެސް ބަހުސެއްނެތި މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

    ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމެވެ. 

    ]]>
    Tue, 10 Feb 2026 13:52:00 +0500 މުއާޒު
    ގާނޫނުއަސާސީ ބަދަލުކުރަނީ ވަލުދޮރާށިން ދެވަނަ ދައުރު ހޯދުމަށް: ފައްޔާޒު https://heerasnews.com/3857 https://heerasnews.com/3857 ގާނޫނުއަސާސީއަށް ސަރުކާރުން ބަދަލު ގެންނަން ހުށަހަޅަނީ ހަރަދު ކުޑަކުރުމަށް ނޫން ކަމަށް ކުރީގެ އިގުތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒު އިސްމާއިީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވަނީ "މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއިދު ނެތުމުން ދެވަނަ ދައުރެއް ވަލު ދޮރާށިން ހޯދުމަށް ގެންނަ ބަދަލެއް" ކަމަށެވެ.

    މިވަގުތު ރާއްޖޭގައި އޮތް ނިޒާމުން ޑިމޮކްރަޓިކް ހަރަކާތުގެ އުންމީދުތައް ފުރިހަމައަަށް ހާސިލުނުކޮށްދެވޭ ކަމާއި އަނިޔާވެރި ވެރިންގެ ކިބައިން ރައްޔިތުންނަށް ހިމާޔަތް ހޯދައިނުދެވޭކަން ފާހަގަ ކުރައްވަމުން އޮނަރަބަލް ފައްޔާޒު ވިދާޅުވަނީ  ރައީސް މުއިއްޒު އެދިވަޑައިގެން މި ގެންނަ ބަދަލުތަކަކީ ހުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް ފަހިކޮށްދޭ ބަދަލުތަކެއް ކަމަށެވެ. 

    ރާއްޖެއަށް ބޭނުންވަނީ ވެރިކަންކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވެއެވެ. އޭގެ ބަދަލުގައި ސަރުކާރާއި އަދި މުޅި ދައުލަތް ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ބާރުތައް މިހާރަށްވުރެ އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރަން ޖެހޭކަމަށް ފައްޔާޒު ވިދާޅުވެއެވެ.

    ސަރުކާރުގެ ހީލަތްތެރި މި ރޭވުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ހުދުމުހުތާރު ސަރުކާރަށް ދީގެން ވާންނެތް ކަމަށް އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވިއެވެ.

    އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު ވިދާޅުވަނީ "އަޅުގަނޑުމެން މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް" ކަމަށެވެ. ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކެއް ގެނައުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ މުހިންމު ކަމެއްކަމަށް ފައްޔާޒު ވިދާޅުވެއެވެ. 

    ގާނޫނު އަސާސީއަށް ބަދަލު ގެނައުމުގައި ސިޔާސީ ފިކުރާއި ޕާޓީތަކަށްވުރެ ބޮޑަށް ގައުމީ މަސްލަހަތަށް ވިސްނަންޖެހޭ ކަމަށް ފައްޔާޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ. 

    ]]>
    Tue, 10 Feb 2026 13:02:24 +0500 މުއާޒު
    އާދަމް އާޒިމް ނޫންގޮތެއް މާލެސިޓީއަށް ބޭނުމެއްނޫން https://heerasnews.com/3856 https://heerasnews.com/3856 އާދަމް އާޒިމްގެ މޭޔަރ ކަމުގައި ފާއިތުވި 2 އަހަރު ވިލިމާލެއަށް ވަނީ ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައެވެ. މޭޔަރ އާޒިމް އިހުލާސްތެރި ހިދުމަތުގެ އަގު ވިލިމާލޭ ރައްޔިތުން ވަޒަންކުރެއެވެ، މޭޔަރ އާޒިމާއި ޓީމް ވިލިމާލޭގެ ރައްޔިތުންގެ ގާތަަށް ދޮރުން ދޮރަށް ހިންގެވުމުން ސާބިތުވެގެން ދިޔައީ އެކަމެވެ. ވިލިމާލޭ ރައްޔިތުންގެ އިތުބާރާއި ލޯބި އާޒިމަށާއި އެމްޑީޕީއަށް އޮތްކަމެވެ. 

    ވިލިމާލެއަށް އެމްޑީޕީއާއި އާދަމް އާޒިމަށް ވުރެ ވަކީން މޮޅު އެހެން ގޮތެއް ނެތްކަމަށް މުޅި ވިލިމާލެހެން ގަބޫލުކުރެއެވެ. އެހެން ނުވާނީ ކީއްވެހެއްޔެވެ. މާލެ ސިޓީ ކައުންސިލްގެ ބޮޑު މެޖޯރިޓީ ޕީއެންސީއަށް އޮވެމެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވާ އާދަމް އާޒިމް ވަނީ ތަފާތު ދައްކަވާފައެވެ. 

    އެމްޑީޕީ މެޖޯރިޓީ ކައުންސިލަކާއެކު އާދަމް އާޒިމް މާލޭގެ މޭޔަރަކަށް ހުންނަވައިފި ނަމަ ރައްޔިތުން އެދޭ އަމާން އޮމާން ސާފުމާލެ ސިޓީއެއް ގިނަ ދުވަހެއް ނުނަގާނެކަން މާލެސިޓީގެ ގިނަ ރައްޔިތުންނާއި އެއްގޮތަށް ވިލިމާލެ ރައްޔިތުންވެސް ގަބޫލުކުރެއެވެ. 

    މޮހަނަށް ދޯނިދީފައި އޮތްހެން އާދަމް އާޒިމަށް އެންމެ ދެ އަހަރަށް މޭޔަރުކަން ދީފައި އޮވެގެންވެސް އާދަމް އާޒިމު ވަނީ ވިލިމާލެއަށް ވެސް ބޯޑެތި ހެޔޮ ބަދަލުތައް ގެނެސް ދެއްވާފައެވެ، މެޖޯރިޓީ އެމްޑީޕީ ކައުންސިލަކާއި އެކު މާލޭ މޭޔަރުކަމުގެ ފުރިހަމަ ދައުރެއް އާދަމް އާޒިމަށް ދެއްވައިފިނަމަ ރައްޔިތުން އެދޭ ހެޔޮބަދަލު ދައްކާނެ ކަމާމެދަކު މާލެސިޓީ ރައްޔިތުން ޝައްކެއް ނުކުރެއެވެ.

    ހަމައެކަނި ވިލިމާލެއަށް ބަލައިލިޔަސް ކުރުމުއްދަތެއްގެ ތެރޭގައި ކުރައްވާފައިވާ ގިނަ ކަންތައްތަކެއް އެހުރީ ފެންނާށެވެ. ބައެއް ކަންކަމުގެ ހަނދާން އައުކޮށްލަމާ ހިނގާށެވެ.

    ވިލިމާލެ ބީޗްގައި ނަމާދުކުރާ ތަނެއް ހުޅުވައިފިއެވެ. ވިލިމާލޭގައި ގުރުއާން ކިލާސް އެއް ހުޅުވައިފިއެވެ. ވިލިމާލެ ބީޗްގައި ފާހާނާ ބަރިއެއް ހުޅުވައިފިއެވެ. ވިލިމާލޭގަ ބަންދުކޮށް ބިތްގަނޑު ޖަހާފައި ހުރި ހުރިހާ ބިންތަކެއް ހުޅުވަލާ ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ވިލިމާލޭގެ މަގުތައް މަރާމާތު ކުުރުމުގެ މަސައްކަތް މެދުނުކެނޑި އެބަ ކުރެއެވެ.

    ޒަމާންތަކެއް ވަންދެއް ސާފުނުކޮށް އިހުމާލުކޮށްލާފައި ހުރި ވިލިމާލޭގެ ހުރިހާ މަގެއްގެ ކާނުތައް ވަނީ ސާފުކޮށް ނިމިފައެވެ. ވިލިމާލޭގައި މޭވާ ގަސް ގިނަ ކުރުމުގެ ގޮތުން އެކި ބާވަތުގެ 70 އަށް ވުރެ ގިނަ މޭވާ އަޅާގަސް ވަނީ އިންދާފައެވެ. އޭގެ ތެރޭ،ގައޮ ޖަނބުރޯލް ގަހާއި ފޭރުގަަހާއި އަނބުގަހާއި ދަނބުގަހާ ބަބުކެޔޮ ގަސް ފަދަ ބޭނުންތެރި އެތައް ގަހެއް އިންދާ ބަލަހައްޓާ ހައްދަމުން އެބަދެއެވެ.

    އެތައް އަހަރުތަކެއް ވަންދެން ވިލިމާލޭގަ މަގުތަކުގައި ރައްޔިތުންނަށް އުދަގޫ ވާގޮތަށް ހުރި ބޭނުން ނުކުރާ ފަޔަރ ހައިޑްރޭންޓްތައް ނަގާ މަގުގެ ޖާގަ ވަނީ ބޮޑުކޮށްފިއެވެ. ވިލިމާލޭގެ ސިނާއީ ސަރަހައްދު ސާފުކޮށް ތަރުތީބުކޮށްފިއެވެ. 

    ވިލިމާލޭގައި ޕެޓްރޯލް ޝެޑެއް ހެދުމަށް ބިން ކަނޑައަޅައިފިއެވެ. ވިލިމާލޭގެ ބީޗްގައި އިތުރު ފާހަނާބަރިއެއް އެޅުމަށް ވަނީ އިއުލާން ކޮށްފައެވެ. ވިލިމާލެ ގިރާ ސަރަހައްދުގެ އެސެސްމެންޓް ހެދައިފިއެވެ. 

    އެންޖީއޯތަކާއި ގުޅިގެން ވިލިމާލޭ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ކުރަމުން ދާއިރު ވިލިމާލޭގައި 3 ޕާކެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަނެއްކޮޅުން ވިލިމާލޭގައި ސްކޭޓް ޕާކެއް ހެދުމުގެ މަސައްކަތް ވަނީފެށިފައެވެ.

    ސިޓީ ކައުންސިލަށް ވީފަހުން މިހާރަގަޅަށް މުނިސިޕަލް ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިން މޭޔަރަކު އާދަމް އާޒިމްފިޔަވާ މާލޭ ސިޓީ ރައްޔިތުން އަދި ދެކިފައެއް ނުވެއެވެ. އާދަމް އާޒިމް ނޫންގޮތެއް މާލެސިޓީއަށް އަދި ބޭނުމެއް ނޫނޭ ވިލިމާލޭ ރައްޔިތުން ވެސް އެދަނީ ބުނަމުންނެވެ. 

    ]]>
    Tue, 10 Feb 2026 03:12:29 +0500 މުއާޒު
    ކޯޓުތައް އަދުލުވެރި ނޫންކަމަށް އުއްތަމަފަޑިޔާރުވެސް ގަބޫލުކުރައްވާ!؟ https://heerasnews.com/3854 https://heerasnews.com/3854 ރާއްޖޭގެ ޝަރުއީ ކޯޓުތަކަކީ އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބުކުރެވިފައިވާ ބާރެއް ނޫންކަމަށް ދޭހަވާގޮތަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވާހަކަ ދައްކަވައިފިއެވެ. ރާއްޖޭގެ ފަނޑިޔާރު މަނިކުފާނަށް އެމަނިކުފާނުގެ ކޯޓުތައް އަދުލުވެރި ނޫންކަމަށް ގަބޫލުކުރެއްވުނީމާ އެހެން މީހުންނަށް ކޯޓުތަކާމެދު އޮންނާނީ ކޮން އިތުބާރެއް ހެއްޔެވެ. 

    ޖުޑިޝަލް އަހަރު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ވިދާޅުވި ގޮތުގައި އަނިޔާވެރިކަން ނައްތާލުމުގެ މައްޗަށް ތަރުތީބުކުރެވިފައިވާ ބާރަކަށް ޝަރުއީ ކޯޓުތައް ހެދޭނީ ފަނޑިޔާރުގެ އަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެ ތިބެ، މަސައްކަތް ކުރެވޭނެ މިނިވަން މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ވެގެން ކަމަށެވެ. 

    އުއްތަމަފަނޑިޔާރުގެ ވާހަކައިން ދޭހަވި އެއްކަމަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަކީ ދައުލަތުގެ ހުރިހާ ބަހާތަކެއްގައި އަދުލުވެރިކަން ގާއިމް ކުރެވޭކަން ކަށަވަރު ކުރުމުގެ މައްޗަށް ތަރުތީބުވެފައިވާ ބާރަކަށް ވާންޖެހުނު ނަމަވެސް އެކަން ނުވާކަމެވެ.

    އުއްތަމަފަނޑިޔާރުގެ ވާހަކައިން ދޭހަވީ އަނެއް ވާހަކައަކީ ފަނޑިޔާރުގެއަކީ އެންމެހާ ނުފޫޒުތަކުން އެއްކިބާވެފައިވާ ތަނެއް ނޫންކަމެވެ. ރާއްޖޭގެ ޖުޑިޝަރީ ނިޒާމުގައި މިނިވަން މާހައުލެއް ގާއިމްވެފައި ވާކަމަށްވެސް އުއްތަމަފަނޑިޔާރު ގަބޫލެއް ނުކުރައްވާކަމެވެ. 

    އަޖައިބެއް ނުވާނެހެއްޔެވެ. ކޯޓްތަކުގެ އިމާރާތް ބައުވުމާއި ދަތިވުމަކީ އަދުލަށް ހުކުން ނުކުރާންވީ ސަބަބެއް ނޫނެވެ. އަދާކުރާ ވަޒީފާއަކީ ކުރާ ޝަރީއަތަށް ނުފޫޒު ފޯރުވަން ޖާގަ ދޭންޖެހޭ ސަބަބެއް ވެސް ނޫނެވެ. 

    މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވާހެން ޖޭއެސްސީ އެކުލަވާލެވިފައި އޮންނަގޮތް ބަދަލު ނުވާހާ ހިނދަކު ރާއްޖޭގެ ޖުޑިޝަރީ މިނިވަނެއް ނުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ރައްޔިތުންގެ މަޖިލީހާއި ފަނޑިޔާރުންނާއި މުޅި ދައުލަތުގައި ވެސް ޖުޑިޝަރީ މިނިވަން ކުރުމުގެ ހަގީގީ ނިޔަތެއް ނެތެވެ. 

    ]]>
    Mon, 09 Feb 2026 12:22:34 +0500 މުއާޒު
    ކްރިތިކާ ކަމްރާ އާއި ގޯރަވް ކަޕޫރު މި އަހަރު ކައިވެނިކުރަނީ https://heerasnews.com/3853 https://heerasnews.com/3853 ފިލްމީ ތަރިން ކަމަށްވާ ކްރިތިކާ ކަމްރާ އާއި ގޯރަވް ކަޕޫރު 2026 ވަނަ އަހަރު ކައިވެނިކުރަން ނިންމައިފިއެވެ. ކައިވެނީގެ ހަފުލާތައް ބޭއްވޭނެކަމަށް ބޮޑަށް ބެލެވެނީ މި އަހަރުގެ މާރިޗު މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.

    މި ދެ ތަރިންގެ ގުޅުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަސްމީކޮށް ހާމަކޮށްފައިވާއިރު، މިހާރު ދަނީ ކައިވެނީގެ އެކި ހަފުލާތަކާ ގުޅޭ އެންމެ ފަހުގެ ކަންކަން ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. ކައިވެނީގެ މައިގަނޑު ރަސްމިއްޔާތު އާއިލާ އާއި ގާތް ރަހުމަތްތެރިންނާއެކު މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޭގެ ފަހުން ފިލްމީ ދާއިރާގެ އެކުވެރިންނަށް ހާއްސަ ރިސެޕްޝަނެއް ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.

    ކްރިތިކާ އާއި ގޯރަވްގެ ގުޅުން އާންމުންގެ ސަމާލުކަމަށް އައީ އެ ދެމީހުން އެކުގައި ނާސްތާއެއްގައި ތިއްބާ ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކުރުމާ ގުޅިގެންނެވެ. އެ ފޮޓޯއާއެކު ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް ވަނީ އެ ދެމީހުންނަށް ހެޔޮއެދުންތައް ފޮނުވާފައެވެ.

    މީގެ އިތުރުން، އާ އަހަރު ފާހަގަކުރުމަށް އެ ދެމީހުން ޖައިސަލްމޭރަށް ކުރި ދަތުރަކީ، އެ ދެމީހުންގެ ހަޔާތުގެ އުފާވެރި އާ ބާބެއް ފެށެން އުޅޭކަމުގެ ހެކިތަކެއް ކަމަށް ބެލެވެއެވެ.

    ]]>
    Mon, 09 Feb 2026 11:20:39 +0500 މުއާޒު
    އެޕްސްޓައިން ފައިލްތަކުގެ އަސްލު ވިސުލްބުލޯވަރ https://heerasnews.com/3852 https://heerasnews.com/3852
    އޭނާ، 2001 ވަނަ އަހަރު، އެންމެންނަށް އިންޒާރުދޭން މަސައްކަތް ކުރިއެވެ. އޭނާ، ނަން ހާމަކުރި ފިރިހެނުންނަކީ ބާރުގަދަ ބައެކެވެ. އޭގެ ފަހުން ހިނގި ކަންތައްތަކުން، އޭނާގެ ދިރިއުޅުން ހަލާކުވެގެން ދިޔައެވެ.
    ކަރެން މޮލްޑަރއަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް މޮޑެލްއެވެ. އޭނާ ވަސާޗީ، ޑިއޯ، އަދި ޗެނަލްއާ އެކު މަސައްކަތްކޮށް، އޮރިޖިނަލް "ވިކްޓޯރިއާ ސީކްރެޓް" ގެ މޮޑެލްއަކަށްވިއެވެ. އޭނާގެ ދުވަސްވަރު، އެންމެ ބޮޑު މުސާރައެއް ލިބޭ މޮޑެލުންގެ ތެރޭގައި، އޭނާ ހިމެނުނެވެ.
    2001 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، މޮލްޑަރ ވަނީ ފަރަންސޭސިވިލާތުގެ "ޓޯކް ޝޯ" އަކަށް ގޮސް، މޮޑެލިން ސިނާއަތުގެ އިސް ފަރާތްތަކެއްގެ މައްޗަށް "އިއްފަތް ފޭރިގަތުމާއި،" "ޖިންސީ ގޯނާއާއި،" އަދި "އިންސާނީ ވަގުފާރީގެ" ތުހުމަތުކޮށްފައެވެ. އޭނާ، އެހުރިހާ އެންމެންގެ ނަންތައް ހާމަކުރިއެވެ. އެކަމަކު، އެ އިންޓަވިއު އޭގެފަހުން ދުވަހަކުވެސް ދައްކާފައި ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ވީޑިއޯ ފުޓޭޖް ވަނީ ހަލާކުކޮށްލާފައެވެ.
    އޭގެ ގަޑިތަކެއް ފަހުން، އޭނާ އާންމުންގެ ލޯމަތިން ގެއްލުވާލައި، ޕެރިހުގެ ނަފުސާނީ ހޮސްޕިޓަލަކަށް ގެންގޮސް މަސްތަކެއް ވަންދެން އެތަނުގައި ބެހެއްޓިއެވެ. އަދި، އޭނާގެ ނަފުސާނީ ދުޅަހެޔޮކަމާމެދު ސުވާލު އުފެއްދިއެވެ. އެހިސާބުން އޭނާގެ އިތުބާރު ގެއްލިގެން ދިޔައެވެ. އަދި، އޭނާގެ މޮޑެލިން ކެރިއަރު ނިމުނެވެ. އަހަރުތަކެއް ވަންދެން އޭނާ ސިފަކޮށްފައި ވަނީ ބަލިކަށި، އަދި އިތުބާރު ނުކުރެވޭ މީހެއްގެ ގޮތުގައެވެ.
    އޭނާ، އަނިޔާވެރިންގެ ގޮތުގައި ތުހުމަތުގެ އިނގިލި ދިއްކުރި ފިރިހެނުން، އެމީހުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައެވެ. އޭގެ ތެރެއިން އެކަކު ކަމަށްވާ ޖީން ލޫކް ބްރޫނެލްއަކީ ޖެފްރީ އެޕްސްޓައިންއާ ގާތް ގުޅުމެއް އޮތް މީހެއްކަން ފަހުން ހާމަވިއެވެ. ކޯޓުގެ ލިޔެކިޔުންތަކާއި، ހެކިބަސްތަކުން ހާމަވެފައިވާ ގޮތުގައި،
    ބްރޫނެލްއަކީ މޮޑެލިން އެޖެންސީތައް މެދުވެރިކޮށް ހިންގާ ބައިނަލްއަގުވާމީ އިސްތިގުލާލު ނުވަތަ އެކްސްޕްލޮއިޓޭޝަން ނެޓްވޯކަކާ ގުޅިފައިވާ މީހެކެވެ. އެތައް އަންހެނުންނެއް ވަނީ އޭނާގެ މައްޗަށް، ކުޑަ އަންހެން ކުދިންނަށް ޖިންސީގޯނާ ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ.
    އެޕްސްޓައިން ފައިލްތަކުން ތަކުރާރުކޮށް އޭނާގެ ނަން ފެނިގެން ގޮސްފައިވާއިރު، ކުޑަކުދިންނާ ދެކޮޅަށް ޖިންސީ ކުށްތަކާއި، އިންސާނީ ވަގުފާރީގެ ތުހުމަތުގައި، 2020 ވަނަ އަހަރު ފްރާންސުން އޭނާ ހައްޔަރުކުރިއެވެ. ޝަރީއަތުގެ މަރުހަލާގައި ޖަލުގައި ހުއްޓާ، 2022 ވަނަ އަހަރު، އޭނާ ވަނީ މަރުވެފައެވެ.
    ކަރެން މޮލްޑަރ ނަން ހާމަކުރި އަނެއް މީހާއަކީ ޖެރަލްޑް މަރީއެވެ. އޭގެފަހުން ފަނަރަ ވަރަކަށް އަންހެނުން، އޭނާގެ މައްޗަށް "އިއްފަތް ފޭރިގަތުމާއި" "ޖިންސީ ގޯނާގެ" ތުހުމަތު ކޮށްފައިވެއެވެ. ބީ.ބީ.ސީއިން ހިންގި ތަހުގީގެއްގައި، ހަށިގަތުމަށް އޭނާ ކުޑަކުއްޖަކަށް ފައިސާ ދޭން އުޅުނު މަންޒަރު ދައްކާފައިވެއެވެ. އެހުރިހާ ކަމަކާއެކުވެސް، މޮޑެލިންއާއި، ފެޝަންގެ ދާއިރާގައި ނުފޫޒުގަދަ މީހެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޭނާ ދެމިހުއްޓެވެ.
    ކަރެން މޮލްޑަރ އަކަށް ރައްކާތެރިކަމެއް ނުލިބުނެވެ. އޭނަ ހުރީ ހިމޭންކޮށްލާފައެވެ. އޭގެ ދެ ދަސް އަހަރު ފަހުން، އޭނާ އިންޒާރު ދިން ފިރިހެނުންތައް ހައްޔަރުކޮށް، ފަލީހަތްވެ، އަދި ޖަލު ގޮޅިތަކުގައި މަރުވަމުން ދިޔައެވެ.
    ތެދު ހަގީގަތް ހާމަކޮށްގެން ހުރިހާ ގެއްލުމެއް ލިބުނީ ކަރެން މޮލްޑަރއަށެވެ. އެކަމުގެ އޭގެ ސަބަބުން އޭނާގެ ވާހަކަތައް ހަނދާން ބަހައްޓަންޖެހޭ ގޮތް ބަދަލުވެގެން ދިޔައެވެ. ކަރެން މޮލްޑަރއަކީ މޮޔައެއް ނޫނެވެ. އޭނާ މޮޔައަކަށް ހެދީ ދުނިޔޭގެ ދައްޖާލީ ނިޒާމެވެ. އޭނާގެ ކުށަކީ، އެޕްސްޓައިން ފައިލްތަކުގެ ހަގީގަތް ހާމަވުމުގެ މާކުރިން، އެވާހަކަ ދެއްކުމެވެ.

    އެޑިޓަރގެ ނޯޓް: މި ލިޔުމަކީ ހަސަން ލުތުފީ އޭނާގެ ފޭސްބުކް އެކައުންޓްގައި 08 ފެބްރުއަރީ 2026ގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގެ ނަކަލެވެ. ކިޔުންތެރިންގެ މައުލޫމާތަށްޓަކައި ޝައިއުކުރީއެވެ.

    ]]>
    Mon, 09 Feb 2026 11:01:36 +0500 މުއާޒު
    ޕާޓީ ނިޒާމެއްގައި ގައުމީ ކެންޑިޑޭޓުނެއް ނުތިބޭނެ! https://heerasnews.com/3851 https://heerasnews.com/3851 ރާއްޖޭގައި ވެރިކަން ބައްޓަންވެފައި މިހާރު އޮތީ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް  ނިޒާމަށެވެ. ޕާޓީ ނިޒާމުން ވެރިކަން ހިންގުމުގައި އިންތިހާބީ މަގާމުތަކަށް މީހުން އެކަށައަޅަނީ ޕާޓީތަކުން ވާދަކޮށްގެންނެވެ.

    ޕާޓީއަކަށް ނިސްބަތްނުވެ އަމިއްލަ ގޮތުން މަގާމުތަކަށް ވާދަކުރަނީ މުޅި ނިޒާމު ގަބޫލުނުކުރާ މީހުނެވެ. މަގާމުގެ ބޭނުންކޮށްގެން އަމިއްލަ މަސްލަހަތު އިސްކުރާ ވަރަށް ދެފުށްކެހެރި  މީހުންނެވެ. މަގާމަށް ހޮވުމުން ހިހޫތަނުން ކާމީހުންނެވެ.

    ޕާޓީ ނިޒާމަށް ހިންގާ ދައުލަތެއްގައި ޕާޓީއަކަށް ނިސްބަތްނުވެ މަގާމަކަށް ހޮވޭ މީހަކަށް ކުރެވޭނެކަމެއް ކޮށްދެވޭނެ ކަމެއް ނުއޮންނާނެއެވެ. މަހުން މަހަށް މުސާރަ ނެގުމާއި ސަޅި ބައިސާކެނޑުމާއި ނޫން ކަމެއް ނުކުރެވޭނެއެވެ. ޕާޓީތަކާހެދި ބޭނުންވާ ހެޔޮ ބަދަލު ގެނެސް ނުދެވޭކަމުގެ ބަހަނާގައި ދައުރު ނިންމާލުން ނޫންކަމެއް އެމީހަކަށް ނުވާނެއެވެ.

    ގައުމާއި ރައްޔިތުންނަށް ހެޔޮ އެދޭ މީހަކުނަމަ އިންތިހާބީ މަގާމުތަކަށް ވާދަކުރާނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައެވެ. ސިޔާސީ ޕާޓީއެއްގެ ތެރޭގައި މަގުބޫލުކަން ހޯދައިގެންނެވެ. ވަރުގަދަ ޓީމެއްގައި ބައިވެރިވެގެން ޓީމް ވޯކް ކޮށްގެން ހެޔޮބަދަލު ގެނައުމަށެވެ. އެކަނިމާ އެކަނި ނިކުމެގެން މަގާމަކަށް އިންތިހާބުވެވުނަސް ގައުމާއި ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ނުއޮންނާނެކަން ގައިމެވެ. 

    ޕާޓީއަކަށް ނިސްބަތްނުވެ އަމިއްލަ ގޮތުން އިންތިހާބަކަށް ނިކުންނަމީހާ ވޯޓު ހޯދުމުގެ ބޭނުމުގައި ވަރަށް ގިނައިން ބޮޑު ޕާޓީއެއްގެ ހިޔަންޏަށް އަރައެވެ. ޕާޓީގެ ޓިކެޓްގައި މީހަކު ނެރެފައި ހުއްޓަސް ތިމަންނާއަކީ މިވެނި ޕާޓީއެއްގެ އަސްލު މިހާކަމަށް ދައުވާ ކުރެއެވެ. އެ ގޮތުން އެ ޕާޓީއެއްގެ ތެރެއިން ކޮންވެސް ބައެއްގެ ބޮލަށް އެރިގެން ޕާޓީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓާ ދެކޮޅަށް ކެންޕޭނު ކުރުވައެވެ.

    ޕާޓީ ޓިކެޓްގައި ވަދަކުރަން ނިކުމެ ހުރީ ޕާޓީ މީހާ ނޫންކަމަށް މީހުނަށް ވިސްނާދޭން މަސައްކަތް ކުރެއެވެ. ބޭނުމަކީ އެ ޕާޓިއެއްގެ މެންބަރުންނަށް އޮޅުވާލައިގެން ހީލަތްތެރި ގޮތަކަށް ވޯޓު ހޯދުމެވެ. 

    އަޖައިބެއް ނުވާނެގެއްޔެވެ. ޕާޓީ ގެ ޕްރައިމަރީ ކާމިޔާބުކޮށްގެން ޕާޓީގެ ޓިކެޓްގައި ވާދަކުރަން ނިކުމެ ހުރި މީހަކަށްވުރެ، އަމިއްލަ ގޮތުން މަގާމަށް ވާދަކުރާ ޕާޓީގެ މެންބަރަކަށްނުވާ މީހަކު ޕާޓީ މީހާއަށް ވާނެ ގޮތެއް އޮވޭހެއްޔެވެ. އަމިއްލަ ގޮތުން ނިކުމެ ރައްޔިތުންގެ ކެންޑިޑޭޓޭ، ގައުމީ ކެންޑިޑޭޓޭ ކިޔަނީ ހީލަތްތެރި ގޮތްގޮތުން ވޯޓު ހޯދުމަށެވެ.

    ]]>
    Sun, 08 Feb 2026 09:00:26 +0500 މުއާޒު
    ޖަޕާނުގައި ހިންދީ ފިލްމު ޕުޝްޕާ2 އަށް ބޮޑު ކާމިޔާބެއް https://heerasnews.com/3850 https://heerasnews.com/3850

    ޖަޕާނުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ 10 ފިލްމުގެ ތެރޭގައި "ޕުޝްޕާ 2" ހިމެނިއްޖެއެވެ.

    އައްލޫ އަރުޖުންގެ މަގުބޫލު ފިލްމު "ޕުޝްޕާ 2: ދަ ރޫލް" ވަނީ ޖަޕާނުގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އިންޑިއާގެ 10 ފިލްމުގެ ތެރެއިން ޖާގައެއް ކަށަވަރުކޮށްފައެވެ.

    ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު "ޕުޝްޕާ ކުންރިން" ގެ ނަމުގައި ޖަޕާނުގައި ރިލީޒްކުރި މި ފިލްމަށް، ފުރަތަމަ 14 ދުވަހުގެ ތެރޭގައި 105 މިލިއަން ޔެން (6.06 ކްރޯޑް ރުޕީސް) ލިބިފައިވާ ކަމަށް ވިޔަފާރީގެ ތަފާސް ހިސާބުތައް ހާމަކުރާ "ސެކްނިލްކް" ވެބްސައިޓުން ރިޕޯޓްކުރެއެވެ.

    މި ކާމިޔާބީއާއެކު "ޕުޝްޕާ 2" ވަނީ އާމިރުހާންގެ "ދޫމް 3" އަށް ލިބުނު 104.5 މިލިއަން ޔެން (6.03 ކްރޯޑް ރުޕީސް) ފަހަތަށް ޖައްސާލުމަށް ފަހު، މި ލިސްޓުގެ 10 ވަނަ މަގާމު ހޯދާފައެވެ.

    ފިލްމު ދައްކަން ފެށިއިރު އާމްދަނީ އެހާ ރަނގަޅު ނޫނަސް، ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް ތަރުހީބު އިތުރުވެ، ހާއްސަކޮށް ޓޯކިޔޯ އަދި އޮސާކާ ފަދަ ބޮޑެތި ސިޓީ ތަކުގައި ފިލްމުގެ ވިޔަފާރި ވަނީ ބާރުމިނެއްގައި ކުރިއަށް ގޮސްފައެވެ.

    ދުނިޔޭގެ ފެންވަރުގައި "ޕުޝްޕާ 2" އަކީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމުގައި ވިޔަސް، ޖަޕާނުގައި އެ ފިލްމަށް މިހާތަނަށް ލިބުނު އާމްދަނީ އަދިވެސް އުޅެނީ އެސް.އެސް ރާޖަ މޯލީގެ "އާރް.އާރް.އާރް" އާއި ރަޖްނީކާންތުގެ މަޝްހޫރު ފިލްމު "މުއްތޫ" އާ އަޅާބަލާއިރު ވަރަށް ފަހަތުގައެވެ.

    ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، މިވަގުތު މި ލިސްޓުގެ އެންމެ ކުރީގައި އުޅޭ ފިލްމުތަކާ އަރާ ހަމަކުރުމުގެ ފުރުސަތު "ޕުޝްޕާ 2" އަށް ވަރަށް ކުޑައެވެ. 

    ]]>
    Sun, 08 Feb 2026 01:46:38 +0500 މުއާޒު
    ބައިނަލްއަގުވާމީ ގާނޫނަށް މުއިއްޒު ބޯނުލެބުމަކީ ބިރުހުރިކަމެއް https://heerasnews.com/3849 https://heerasnews.com/3849 ދިވެހި ރާއްޖެއަކީ ދުނިޔޭގެ ކޯޓްގެ އިސްތިޝާރީ ލަފަޔަށް ގޮންޖަހާ ލެވޭވަރުގެ ބާރުގަދަ ގައުމެއް ހެއްޔެވެ. ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގެ ނިންމުމާ ދެކޮޅުހަދާ ގަދަ ދެއްކޭވެރުު ގައުމަކަށް ރާއްޖެ ވަނީހެއްޔެވެ. އދގެ 116 ގައުމެއްގެ ރުހުން ލިބިފައިވާ ކަމެއް އަނބުރާލެވޭ ވަރުގެ ގައުމަކަށް ރާއްޖެ ވީހެއްޔެވެ.

    ބައިނަލް އަގުވާމީ ގާނޫނަށް ތަބާވުމުގެ ގޮތުން ރާއްޖެއާއި އިންޑިއާ އާއި ސްރީބލަންކާ ގުޅޭ އިމުން 200 މޭލު ހަމަ ނުވިޔަސް މުއިއްޒަށް ވަރިހަމައެވެ.  އެ ގޮތް ހަމަ ރަނގަޅެވެ. އެކަމަކު ރާއްޖޭގެ ދެކުނުން ޗާގޯސް ކަނޑުން 200 މޭލު ރާއްޖެއަށް ހަމަ ނުވާކަމަށް އިޓްލޮސްއިން ކަނޑައެޅުމުން އެކަން މުއިއްޒު ސަރުކާރަށް ގަބޫލެއް ނުކުރެވުނެވެ.

    އިޓްލޮސްގެ ނިންމުމަކީވެސް ބައިނަލްއަގުވާމީ ގާނޫނެވެ.  އިޓްލޮސްގެ ނިންމުމަށް ރާއްޖޭން އިހުތިރާމް ނުކުރާނެކަމަށް ރަސްމީކޮށް އިއުލާނު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނަށް ރާއްޖޭން އަމަލު ނުކުރާނެކަމަށް ބުނުމެވެ. ހަމައަށް ވަށައިގެން އިގުތިސޯދީ ސަރަހައްދު ނުހޯދާ ނުވަންޏާ އަދި އެހާ ކެރެންޏާ ދެކުނުން 200 މޭލު ހަމަކުރަން އުޅޭހެން ރާއްޖޭގެ އުތުރުން 200 މޭލު ހަމަކޮށްލާނެ ހިއްވަރު މުއިއްޒު ސަރުކާރުގައި ހުންނާނެ ހެއްޔެވެ. 

    ކަޝްމީރު ބޯޑަރުގައި އިންޑިއާ އާއި ޕާކިސްތާނު ތަޅާފޮޅާހެން ޗާގޯސް ކަނޑުގެ މައްސަލައިގައި މޮރިޝަސް އާއި ރާއްޖޭން މިހާރު ހަނގުރާމަ އިއުލާނު ކުރީތާއެވެ. ޒަމާނުއްސުރެ ސުލްހަވެރި އަމާންރާއްޖޭގެ ތާރީހުގައި މުއިއްޒު ލެއްވި އެއީ ލައްގަޑެކެވެ. އިޓްލޮސްގެ ނިންމުމަށް ގޮންޖަހާ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯނުލަބާ ގައުމަކަށް ރާއްޖެވުމަކީ ގަދަކަމެއް ނޫނެވެ. ބިރުހުރި ކަމެކެވެ.

    ]]>
    Sat, 07 Feb 2026 15:55:18 +0500 މުއާޒު
    ފޭރިގެންފައިވާ ބާރުތައް އަނބުރާ ލިބޭނީ ތިލަފަތަށް ވޯޓްދީގެން https://heerasnews.com/3846 https://heerasnews.com/3846 ކުރީގެ އިގުތިސޯދީ ވަޒީރު އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވީ ވަރަށް ބޮޑު ތެދެކެވެ. ރައްޔިތުން ބަރުވެރި ކުރުމުމުގެ އެއްވެސް ވިސްނިމެއް މުއިއްޒު ސަރުކާރުގައި ނެތެވެ. ވެރިކަމުގެ ބާރުތައް ޖަމާކޮށް އަމިއްލަ އަތަށް ނެގުން ނޫން ވިސްނުމެއް ރައީސް މުއިއްޒުގެ ނެތެވެ.

    ރައީސް މުއިއްޒު  ތިން ގަޑިއިރުގެ ރިޔާސީ ބަޔާނެއް އިއްވިއިރު ލަމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން ބާރުވެރި ކުރުމުގެ ނަންވެސް ނުގެނެއެވެ. ކައުންސިލްތައް ބާރުވެރިކުރުމުގެ ކުޑަވެސް ބަހެއް ވިދާޅެއް ނުވެއެވެ.

    ރަށްރަށުގެ ކަންކަން ރަށްރަށުން ނިންމުމާ މެދު އެއްވެެސް ބަހެއް ވިދާޅެއް ނުވެވުނެވެ. ދިވެހިންނަށް ދެވުނު އުންމީދެއް ނެތެވެ. ރައްޔިތުން ބާރުވެރި ކުރުމުގެ ވިސްނުމަކީ ހުދުމުހުތާރު ވެރިން ދަންނަ ކަމެއް ނޫނެވެ.

    ރައްޔިތުންގެ ކަންކަން ރައްޔިތުން ނިންމަން ބާރުދޭ ފިކުރަކީ އެމްޑީޕީ ފިކުރެވެ. ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ކެންޑިޑޭޓޫން ނުކުންނަނީ މައި ސަރުކާރުން ފޭރިގެންފައިވާ ރައްޔިތުންގެ ބާރުވެރިކަން އަލުން އިއާދަކުރުމަށެވެ..

    ހުރިހާ ބޭފުޅުން ވެސް ތިލަފަތަށް ވޯޓު ދެއްވައިގެން ނޫނީ ފޭރިގެންފައިވަ ރައްޔިތުންގެ ބާރުވެރިކަން އަނބުރާ އިއާދައެއް ނުކުރެވޭނެއެވެ.

    ]]>
    Fri, 06 Feb 2026 10:08:16 +0500 މުއާޒު
    ގިލަންވެރިކަމަށް އެއްވެސް ހައްލެއް ފެންނާކަށްނެތް: ޝާހިދު https://heerasnews.com/3844 https://heerasnews.com/3844 ރައީސް މުއިއްޒު ދެއްވި މިއަހަރުގެ ރިޔާސީ ބަޔާނާ ގުޅުވައި ރާއްޖޭގެ މިއަދުގެ ހަގީގަތަކީ ކޮބައިކަން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެ ދެއްވައިފިއެވެ. 

    އެމްޑީޕީގެ ރައީސް ވިދާޅުވިގޮތުގައި މިއަދުގެ ހަގީގަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުމެވެ. ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލުމެވެ. ވިޔަފާރިތައް އިނދަޖެހުމެވެ.  އިގްތިސާދު ފާލުން ނެއްޓުމެވެ. މުޅި ގައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަންނެތުމެވެ. 

    ކުރިގެ އެއްވެސް ވައުދެއް ނުފުއްދަވާ އަނެއްކާ ވެސް އާ ކަންކަމުގެ ވާހަކަ ދެއްކެވުމުގެ މާނައަކީ އެއްވެސް އަގެއް ބަޔަކަށް ރައްޔިތުން ހެދުން ކަމަށް ޝާހިދު ވިދާޅިވިއެވެ. 

    ޝާހިދު ވިދާޅިވާ ގޮތުގައި ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވައުދު ވެވަޑައިގެން ވައުދުތައް ވަޅުލައި ކަފުންކޮށްފައި، އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަ ކުރެއްވުމަކީ ރައްޔިތުން އަގެއްނެތް ބަޔަކަށް ހެއްދެވުމެވެ.

    ރައީސް މުއިއްޒުގެ މި ހިނގާ ރިޔާސީ ދައުރުގައި އިއްވެވި ތިން ވަނަ ރިޔާސީ ބަޔާން ވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ ދެ ރިޔާސީ ބަޔާނެކޭ އެއްފަދައިން އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ..

    މި އަހަރުގެ ރިޔާސީ ބަޔާނަކީ އިންތިހާބެއް ބޯމަތިވެފައި އޮތީތީ ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއްގެ ގޮތުގައި. އޮތް ރިޔާސީ ބަޔާނެއް ކަމަށް އެމްޑީޕީގެ ރައީސް ސިފަ ކުރައްވައެވެ.

    އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ކުރީގެ ވައުދުތައް މަތިން ހަނދާން ނައްތައިލައްވާ ގައުމުގެ ހަގީގީ ހާލަތު މުއިއްޒު ސިއްރު ކުރެއްވި ކަމަށެވެ. ގައުމުގެ މައްސަލަތަކަށް ކުރިމަގުގައި ހައްލެއް ފެނުމުގެ އުއްމީދު ކުޑަ ކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.

    ]]>
    Thu, 05 Feb 2026 22:42:23 +0500 މުއާޒު
    އަތްޖެހުމުގައި ދެ އަހަރު: ވީކަމެއް ކޮށްދިން ކަމެއް ހަރާން https://heerasnews.com/3843 https://heerasnews.com/3843 ތެދެކެވެ. ބިއްލޫރި ޓަނަލެއް އަޅާވާހަކަ ބުނީމަވެސް އެންމެން  ފުންމައިގެން ތެދުވެ ނިކަން ބާރަށް އަތްޖަހަން ބަޔަކު ތިއްބެވެ. މިދިޔަ އަހަރަކީ ބޯހިޔާވަހިކަމުގެ އިންގިލާބީ އަހަރެކޭ ބުނީމާ އެއްބަޔަކު ގޮނޑި މައްޗަށް އަރާވެސް އަތްޖެއްސެވެ.

    ޑޮލަރު ހުރީ ހިފެހެއްޓިފައޭ މައްޗަށް ނާރާނެއޭ ބުނީމާ ވެސް އަތުން ފޮޅުނަގަންދެން ބަޔަކު މީހުން އަތް ޖެއްސެވެ. 2025 ވަނަ އަހަރު ނިމޭއރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި ނައްތާލުމުފެ އެންމެ މިޒަމާނުގެ ނިޒާމު ގާއިމުކޮށް ނިންމާނެ ކަމަށް ބުނުމުން ގޮނޑުހުޅުން އަތްނެއްޓޭ ވަރަށް ވެސް އަތް ޖެއްސެވެ.

    މިއަދަކީވެސް އޭގެ ދުވަހެކެވެ. މޫނަށް ރުލެއްވެސް އަރުވާނުލާ ގޮގު ވައުދު ވުމުގައި ދެއަހަރު ދުއްވާލި ގޮތަށް އަނެއްކާވެސް މިއަދު ދޮގުމައްޗަށް ދޮގު ހެދި ދުވަހަކަށް ވެގެން ތާރީހުގެ ތެރެއަށް މިއަދުވެސް ވަދެގެން އެ ދިޔައީއެވެ. 

    ރިޔާސީ ބަޔާނުގެ ނަމުގައި މިއަދު އިއް އެނިންމާލީ ދޮގު ލިސްޓެއް އެކަންޏެއް ނޫނެވެ. އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަދެ ރާއްޖޭގެ އަމިއްލަ ފަރާތްތަކުގެ ވިޔާފަރި އިނދްޖައްސާލުމަށް އަމާޒު ހިފިކަންވެސް އިއުލާނުކުރިއެވެ. 

    އެހެންވިޔަސް ހެޔޮތާއެވެ. 2026 ގެ އައު ދޮގު ލިސްޓް ކިޔާލިއިރު ހަމަ އެވެރިން އެ އުޅެނީ އަތްޖެހުމުގަެި ހޭބޯނާރައެވެ. ވެތުވެދިޔަ ދެ އަހަރު ތެރެގައި ތާރީހުދުށް އެންމެ ބޮޑު ދެ ބަޖެޓާއި ހޯދި ސަޕްލިމެންޓްރީ ބަޖެޓުތަކުން ވީކަމެއް ކޮށްދެވުނުކަމެއް މުއިއްޒަށް ހަރާމުން ހަރާމެވެ. 

    ]]>
    Thu, 05 Feb 2026 17:10:20 +0500 މުއާޒު
    ރާއްޖެއަށް މިއަދު ހެޔޮވެރިކަމެއް ބޭނުންވޭ: އެމްޑީޕީ ރައީސް https://heerasnews.com/3842 https://heerasnews.com/3842 ‏ޕެންޝަން އޮފީސް މެދުވެރިކޮށް، މާލީ ސެކިއުރިޓީޒްގެ މުއާމަލާތެއްގެ ސިފަ ޖައްސައި, އޮޅުވާލައިގެން ފައިސާ ޗާޕުކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުން ފާސްކުރުމަކީ ކަންބޮޑޫވާކަމެއް. ކަމަށް އެމްޑީޕީގެ ރައީސް ވިދާޅިވެއްޖެއެވެ.

    އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވީ މި ނިންމުމާއި ގުޅިގެން އެ އޮފީހުގެބޯޑު ން 2 މެންބަރަކު އިސްތިއުފާ ދެއްވި. ކަމަށާއި މެނޭޖްމަންޓް ޕްރޮސެސް ކުރިއަށް ގެންދިއުމަށް ކަންބޮޑުވާތީ، ސީއެފްއޯ އާއި އެގްޒެކެޓިވް މޭނޭޖްމަންޓްގެ ބޭފުޅަކު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެންމެ ފަހުން، މެނޭޖްމަންޓުގެ ކަންކަން ބޯޑުން ކުރިއަށް ގެންދާ ގޮތަށް ނިންމައި، ޕެންޝަން އޮފީހުގެ އުސޫލުތަކާއި އިދިކީލަކޮށް ގޮތް ނިންމަން ހިފުމުން، އެ ބޯޑުގެ ޗެއަރޕަރސަންވެސް އިސްތިއުފާ ދެއްވީ ކަމަށެވެ.

    ސަރުކާރުން މި އެޅުއްވި ފިޔަވަޅުން ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ނުބައްދަލު، ނޭދެވޭ އަސަރުކުރާނެ ނުރައްކާތެރި ފިޔަވަޅެއްކަން އެ އޮފީހުން އިސްތިއުފާ ދެއްވި ބޭފުޅުންނާއި މާހިރުންގެ ބަޔާންތަކުން އެނގޭ އިރު، ޕެންޝަން އޮފީހުގެ ބޯޑާއި މެނޭޖްމަންޓުގެ މިނިވަންކަން ނަގާލައި، ގަދަފައި ވިއްދައި، ފައިސާ ޗާޕުކުރަން ޖެހެނީ ކީއްވެގެންތޯ ޝާހިދު ސުވާލު އުފައްދަވައެވެ. 

    މަރުކަޒީ ބޭންކުންވެސް މި ވަގުތު ރާއްޖެއަށް މުހިއްމީ ކޮންޓްރެކްޝަނަރީ މަނިޓަރީ ޕޮލިސީއެއްކަމަށް ނޫސްބަޔާން ނެރުއްވާ މަޖިލީހުގައި ވެސް އެވާހަކަ ވިދާޅުވިކަން މަޖިޅިހުގެ ރައީސް ކަންކުރެއްވި ޝާހިދު ފާހަގަ ކުރެއްވިއެވެ.

    ސަރުކާރަށް ބަޖެޓަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅެދުމުން، އެކަމުގެ އަގު މުޅި ދިވެހި އިޤްތިސާދު ދައްކަން ޖެހުމަކީ ދިވެހި ރައްޔިތުންނަށް ވެވޭ އަނިޔާއެއް. ކަމާއި ބޭއިންސާފެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

    ފައިސާ ޝާޕްކުރުމުގެ މި ބޮޑު މުއާމަލާތުގެ މައުލޫމާތު ރައްޔިތުންނަށް ހާމަ ނުކުރުމުގެ ނަތީޖާ އެއްގެ ގޮތުން ޕެންޝަން އޮފީހާމެދު ރައްޔިތުންގެ އޮތް އިތުބާރު މިއަދު މި ދަނީ ވެއްޔާ މޮޑެވެމުން ކަމަށް ޝާހިދު ވިދާޅުވިއެވެ. މިހާ  ބޮޑު މައްސަލައެއްގައި، މަޝްވަރާ ނުކޮށް، ޚުދުމުހުތާރުކަން އިސްކުރުމަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

    މަރުކަޒީ ބޭންކާއި ޕެންޝަން އޮފީސް ފަދަ ގާނޫނީ ބާރު ލިބިފައިވާ މިނިވަން މުއައްސަސާތަކުން މި ވަގުތު ޒިންމާދާރު ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަ ކުރައްވަމުން އެމްޑީޕީގެ ރައީސް ވިދާޅުވީ މި ސަރުކާރު އައިފަހުން މިފަދަ މުއައްސަސާތަކުގެ މަސައްކަތް ހީނަރުވަމުން އަންނަ ކަމީ މި ރާޢްޖެއަށް ހެޔޮ ވެރިކަމެއް މިއަދު ބޭނުންވެފައިވާ ކަމުގެ އަލިގަދަ ހެއްކެއް.ކަމަށެވެ.

    ]]>
    Wed, 04 Feb 2026 16:18:13 +0500 މުއާޒު
    މުއިއްޒަކީ ވެސް އެޕްސްޓީންގެ ބައިޥެރިއަކީތަ! https://heerasnews.com/3840 https://heerasnews.com/3840 ޔަހޫދީ އެޖެންޓް ޖިންސީ ޝަތާނު އެޕްސްޓީންއާއި ގާތްގުޅުމެއް ރާއްޖޭގެ ކުރީގެ ރައީސަކު ބާއްވާފައިވާ ކަމުގެ ވާހަކަތައް ތަންކޮޅެއް ކުރިން އިވުނެވެ. ގިނަ ބަޔަކު އެންމެ ފުރަތަމަވެސް އެތުހުމަތުތައް ކުރީ ކުރީ ރައީސް ނަޝީދަށެވެ. ހައިވަކަރު އޮޑި ނަންވާ އުސޫލުންނެވެ. 

    ލީކުވެފައިވާ އެޕްސްޓީން އެއްވެސް ފައިލަކުން ރައީސް ނަޝިދުގެ ނަމެއް އަދި ގުޅުން ހުރި ވާހަކައެއްވެސް ތިލައެއް ނުވެއެވެ. އެކަމަކު އެޕްސްޓީނާ ގުޅުމެއް އޮތްކަމަށް ވީ ކުރީގެ ރައީސް ޑރ. ވަހީދެވެ. އޭރު ތިލަވިވަރަކީ ބައްދަލު ކުރަން އުޅުނު ކަމެވެ. 

    އެޕްސްޓީން އާއި ޑރ. ވަހީދުގެ ގުޅުމަކީ ހީކުރި ވަރަށްވުރެ މާފުން މާގާތް ގުޅުމެއްކަން މިހާރު ލީކްވެފައިވާ އެޕްސްޓީން ފައިލުތަކުން ކަށަވަރުވެއެވެ. ޝަހުޔޫނީ ޝައިތާނު އެޕްސްޓީން އަކީ ދިވެހި އުންމަތުގެ ވަލީއުލް އަމުރުގެ މުސްތަޝާރަށް  ވުމުން ލަދުން ބޯހަލާކެވެ. 

    އެތައް ހާސް ކުޑަކުދިން ޖިންސީ ޝިކާރައަށްހަދައިގެން އުޅުނު ޖެފްރީ އެޕްސްޓީންގެ ކްލަބް މެންބަރަކަށް ރާއްޖޭގެ އޭރުގެ ބަގަވީ ރައީސް ވުމަކީ ބިރުހުރި ކަމެކެވެ. އެޕްސްޓީންގެ ބްލެކްމޭލު މަޅީގައި ބެދުނު ވެރިއަކަށްވުރެ ބޮޑަށް ވަހީދަކީ ބައިވެރިއެއްކަން ކޮށްފައިވާ މުއާމަލާތުތަކުން ސާފެވެ. 

    އެޕްސްޓީން ފައިލްތަކުގައި ޑރ.ވަޙީދާއި ސިދާގުޅުން ހުރިކަން 640 ފަހަރަށްވުރެ ގިނަފަހަރު ބަޔާންވެފާ އޮތުމުން ވަހީދަކީ އެޕްސްޓީންގެ ބައިވެރިއެއް ކަމާމެދަކު ބަހުސެއްނެތެވެ. 

    އެޕްސްޓީން ފައިލް ތަކުން އެޕްސްޓީންނާ ގުޅުން އޮތްކަމަށް ދައްކާ ރައްޔިތުންގެ ކަންކަމާ ހަވާލުވެގެން ތިބި އެތައް ބަޔަކު ދުނިޔޭގެ ކަންކޮޅު ތަކުގައި އެދަނީ މަގާމުން އިސްތިއުފާ ދެމުންނެވެ. ވަހީދަށް އިސްތުފާދެން ނޭގުނަސް އޭނާ މަގާމުން ވަކިނުކޮށް ބަހައްޓަނީ މުއިއްޒަކީ އެޕްސްޓީންގެ ބައިވެރިއެއް ކަމުގައި ވާތީ ހެއްޔެވެ.

    ]]>
    Tue, 03 Feb 2026 12:10:06 +0500 މުއާޒު
    ރައްޔިތުންގެ ބާރަށް މުއިއްޒު ހެއްދެވީ ކިހިނެއް: ޝާހިދު https://heerasnews.com/3839 https://heerasnews.com/3839 ރައްޔިތުންގެ މަޖިލިސް ގެ ބޮޑު މެޖޯރިޓީ ސަރުކާރަށް ރައްޔިތުން އޮތީ ދީފައެވެ.  އެހެން ކަމުން ގާނޫނުއަސާސީގެ 4 ވަނަ މާއްދާ ބުނާ ރައްޔިތުންގެ ބާރަށް ރައީސް މުއިއްޒު ހެއްދެވީ ކިހިނެއްތޯ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ސުވާލު ކުރައްވައެވެ. 

    އޮނަރަބަލް ޝާހިދު ވިދާޅުވާގޮތުގައި ރައްޔިތުންގެ މަޖިލިސް ބަދަލުކޮށްލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހިންގާ ޑިޕާޓްމަންޓަކަށެވެ. ރައީސް ވިދާޅުވާގޮތަކަށް ނޫނިއްޔާ މެންބަރަކަށް އަނގައަކުން ނުބުނެވެއެވެ. ރައީސްގެ ހިޔާލާ އިދިކޮޅަށް ބުނާ މީހަކު ވައްޓާލެވިފައިވަނީ ބިރުވެރި ކަމަކަށެވެ.

    ގާނޫނުއަސާސީއަށް ބަދަލުގެނެސް މަޖިލިހުގެ މެންބަރުން ޕާޓީ ލީޑަރުން މެދުވެރިކޮށް ވަކިކުރެވޭ ހިސާބަށް ގެންދެވައިފިއެވެ. މަޖިލިހުގެ އަނގަމަތީގައި މަލަށް އަޅާ އަނގަ ބަންދުކޮށްލައިފިއެވެ.

    ގާނޫނުއަސާސީގައި ބުނާ މަސްއޫލިއްޔަތުތައް އަދާނުކުރެވޭނެ ގޮތަށް ތަޅުއަޅުވައި ބިޑިއަޅުވައި ނިންމާލާ ރައްޔިތުންގެ ބާރު ކަނޑާލީއެވެ.

    ރައްޔިތުންގެ ބާރު ކަނޑުވާލިގޮތް ކުރުކޮށް ސިފަކޮށް ދެއްވަމުން ލޯކަލް ކައުންސިލް އިންތިހާބުވެސް ރައީސް މުއިއްޒަށް  ދީގެން ނޫނީ ކަންތައް ނުކުރެވޭނެ ކަމަށް މިހާރު ވިދާޅުވަމުން ދާކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.⠀

    ]]>
    Tue, 03 Feb 2026 10:24:07 +0500 މުއާޒު
    ސަރުކާރުގެ މުޅި ވިސްނުމަކީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުން https://heerasnews.com/3838 https://heerasnews.com/3838 2023 ވަނަ އަހަރު ގާއިމްވި ސަރުކާރުގެ މުޅި ވިސްނުމަކީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދުވެސް ވިދާޅުވެއެވެ.

    ޝާހިދު ވިދާޅުވާ ގޮތުގައި ރައީސް މުއިއްޒު ކުރައްވާ ކަމަކީ މަރުކަޒުކުރުމާއި ރައްޔިތުން އަތުން ހުރިހާ ކަމެއްގެ ބާރުތައް އަތުލައިގަތުމެވެ. 

    އަރާވަޑައިނެވި ކޮންމެ ރަށެއްގައި ވެވަޑައިގަތް ވަޢުދުތައް ބޮޑު ފޮތެއްގައި ޗާޕުކުރައްވައި ނެރުއްވި ކަމަށާއި އެފޮތް ރާއްޖޭގެ ތާރީހުގައި ވެގެންދާނީ ލަދުވެތި ފޮތަކަށް ކަމުގައި އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. 

    ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ނުދީ ވައުދުތައް ނުފުއްދޭނޭ ކަމަށް މުއިއްޒު ވިދާޅުވެގެން ރައްޔިތުން މަޖިލިސް ސަރުކާރަށް ދިނީ ތިން ބައިކުޅަ ދެބައަށް ވުރެވެސް ބޮޑު އަގުލަބިއްޔަތާއެކީގައި ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. 

    2 އަހަރާއި ބައިވެގެން ދެބައި ކަނޑަށް ދުވެފައި މިއޮތް ނަމަވެސް ފުއްދުނު ވަޢުދެއް ކުރެވުނު ކަމެއްނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

    އެމްޑީޕީގެ ރައީސް ވިދާޅުވަނީ ރައީސް ޑރ.މުއިއްޒަށް ބިންގަލެއް އެޅުން ނޫން އެއްވެސް ކަމެއް ނެތްކަމަށެވެ.

    ]]>
    Tue, 03 Feb 2026 09:24:42 +0500 މުއާޒު
    އެމްޑީއަށް ދެވޭ ކޮންމެ ވޯޓަކުން ހަމަޖެހުމާ ކުރިއެރުން https://heerasnews.com/3834 https://heerasnews.com/3834 ގިނަ ދިވެހި ރައްޔިތުން އެމްޑީޕީއަށް އިތިުބާރު ކުރެއެވެ. އެމްޑިޕިގެ ފަރާތުން ރައްޔިތުން ކުރާ އުއްމީދު ތަކެއް އަބަދުވެސް އޮވެއެވެ. ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވަނީ އެމްޑީޕީއެވެ.

    މުޅި ރައްޔިތަށް ތަފާތެއްނުކޮށް ހިދުމަތްކުރާ ބަޔަކީ އެމްޑީޕީ ކަމަށް ގިނަ ވާދަވެރިން ވެސް ގަބޫލުކުރެއެވެ. ގަބޫލުކުރަން ބޭނުންނެތަސް ހަގީގަތް ބަދަލެއްނުވާނެއެވެ.

    އެންމެންގެ ވޯޓް ތިލަފަތަށް ދޭންޖެހެނީ އެމްޑީޕީ ނޫން ބައެއްގެ ވެރިކަމެއްގައި ރައްޔިތުން އެދޭ ހެޔޮ ބަދަލު ނުގެންނާތީއެވެ. ފެނިގެން ދިޔަ އެމްޑީޕީގެ 2 ވެރިކަމުގައި ވެސް ދިވެހިން ނުދެކޭ ހެޔޮ ބަދަލު ރާއްޖެއަށް ގެނެސްދީފައި އޮތުމަކީ އެންމެންގެ ވޯޓް ތިލަފަތަށް ދޭ ސަބަބެވެ.  

    އެމްޑިޕީގެ ހިދުމަތުގެ ވާހަކަ އައުކޮށްކޮށްފާ ދައްކަން ޖެެހެވެ. ހަނދާން އައުކޮށް އެއްބާރުލުން ދޭންޖެހެއެވެ. އެގޮތުން ބައެއްކަންކަން ހަދާނަށް ގެނެސް ގަނަމެވެ. ވިސްނާ ބަޔަކަށް އިބުރަތެއްގެ ގޮތުގައެވެ.

    އެމްޑީޕީން އެކަހެރިވެ ގޮތް ހުސްވެފައިތިބި އެކަނިވެރި މައިންނަށް އެލަވަންސް ދޭންފެށިއެވެ. ބޭސް ސިޓިއަށް ސަލާންޖެހުން ހުއްޓުވާ ވަކިމީހަކު ތަފާތުނުކޮށް އާސަންދައިން ހިލޭ ބޭސް ކޮށްދޭން ފެށިއެވެ. 

    ބާކީވެ ބިކަވެފާތިއްބާ އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސް ދޭން ފެއްޓިއެވެ. ނުކުޅަދުންތެރިކަންހުންނަ ފަރާތްތަކަށްވެސް ހާއްސަކޮށްގެން އެލަވަންސް ދޭން ފެށިއެވެ.

    އެމްޑީޕީގެ މަސައްކަތުން ސްކޫލުކުދިންނަށް ހިލޭ ފޮތް ފަންސޫރު ދޭން ފެއްޓުވިއެވެ. ސްކޫލު ކުދިންގެ ނާސްތާ ތައާރަފް ކުރިއެވެ. ޢޭލެވެލް އާއި އޯލަވަލް ފީ ސަރުކަާރުން ދައްކާދޭން ޖެހޭނެ ކަމަށް ވަކާލާތުކޮށް އެކަންވެސް ފެއްޓުވިއެވެ. ހިލޭ ޑިގްރީ ޕްރޮގްރާމް ފައްޓާ އެތައް ހާސް ދަރިވަރުންނަށް ރާއްޖެއާއި ބޭރުން ހިލޭ ކިޔެވޭނެ ގޮތް ހަދާފިނެވެ. 

    ކުޑަރަށެއް ބޮޑު ރަށެއް ނުބަލާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގައި ބޮޑު ކާމިޔާބެއް ހާސިލްކުރިއެވެ.  ގެނދަބުޅިޢާއި ގަދައަޑުފައްގަނޑުން އެތައްރަށެއްގެ ރައްޔިތުން ސަލާމަތް ކުރިއެވެ. 

    ރަށްގިރުމުން ސަލާމަތްކޮށްދީ ބަނދަރު ހަދާ ލަފާފުރުން ފަސޭހަކޮށް ދިނީ އެތައް ރަށެއްގައެވެ.  ސާފު ފެން ލިއްބައިދީ ރަށުގެ ފެންފަށަލަ ނަޖިހުން ތަގައްޔަރުވުމުން އެތައް ރަށެއް މިންޖުކޮށްދިނެވެ.  ސްކޫލްތަކާއި މިސްކިތްތަކާއި މަލްޓިޕާޕަސް ހޯލުތަކާއި ކުޅޭ ބިންތަކާއި ޖިމްތައް އެތައް ރަށެއްގައި ގާއިމުކޮށް ދެމެހެއްޓިއެވެ.

    ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުވާލުމުގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އާރުޓީއެލް ތައާރަފް ކުރިއެވެ. ރަރްރަށް ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ ކާމިޔާބު މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔައެވެ. ބޮޑެތި ރަށްރަށުގައި އާރުޓީއެލް ބަހުގެ ދަތުރުތައް ފެށައިގެން ކުރިއަށް ގެންދިޔަެވެ. 

    ގެސްޓް ހައުސް ވިޔަފާރި ތައާރަފްކޮށް ރަށުގައި ތިބެގެން ޖީބަށް ޑޮލަރުވަންނާނެ ގޮތް ހަދާދިނެވެ. ޓެކްސް ނިޒާމު ތައާރަފްކޮށް ދައުލަތުގެ އާމްދަނީ  އެތައް ގުނައަކަށް އުފުލާލިއެވެ.  

    ކައުންސިލްތަކައް ބާރުދީ ލާމަރުކަޒީ ނިޒާމް ދޮންކޮއް  ފައްކާ ކޮށް  އަންހެނުން ބާރުވެރި ކުރުވާ މުޖްތަމަޢުއަށް ނެރުމަށް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކޮށްދިނެވެ. 

    އެހެނެއް ކަމަކު މިތިބަ މީހުން މަދުކުރީ ކައުންސިލަރުންގެ އަދަދެވެ. ހެދީ ޕާޓީގެ ކުޑަ ކޮމިޓީއަކުން ރައްޔިތުން ހޮވާ ކައުންސިލަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތް ހަދައިފިއެވެ. 

    އެއްވެސް ފިކުރެއްނެތި އަތޮޅު ކައުންސިލް އުވާލީއެވެ. ކައުންސިލްގެ ފަހު އަހަރުގެ ބަޖެޓާއި މަސައްކަތުގައި ތަޅު އެޅުވީެއވެ. ރަށުގައި މަޝްރޫއު ހިންގަން ކައުންސިލަރެއް ރައްޔިތެއްގެ ބަހެއް ބޭނުމެއް ނުވެއެވެ.

    ލާމަރުކަޒީ ނިޒާމާ މިހާ ބޮޑަށް ދެކޮޅުވެރި ބަޔަކަށް އިންތިޚާބީ ގޮނޑިތައް ދީގެން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފައިދާއެއް  ނެތެވެ.

    ]]>
    Sun, 01 Feb 2026 10:00:30 +0500 މުއާޒު
    ހަރުކަށި ޝަރުތުތަކަކާއެކު ރަފަހް ބޯޑަރު ހުޅުވަނީ https://heerasnews.com/3833 https://heerasnews.com/3833

    ގުދުސް: ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު، ގާޒާ އާއި މިސްރު ގުޅުވައިދޭ ރަފަހް ބޯޑަރު އަންނަ އާދީއްތަ ދުވަހު އަލުން ހުޅުވާނެ ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ހުކުރު ދުވަހު އިއުލާނުކޮށްފިއެވެ. އެހެންނަމަވެސް، ރަފަހު ބޯޑަރުން މީހުންނަށް ދަތުރުފަތުރު ކުރެވޭނީ ވަރަށް ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

    އިސްރާއީލުގެ 'ކޯޑިނޭޓަރ އޮފް ގަވަރންމަންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީޒް' (COGAT) އިން ހާމަކުރި ގޮތުގައި، ބޯޑަރު ހުރަސްކޮށް ދަތުރުކުރެވޭނީ މަދު ބަޔަކަށެވެ. އެގޮތުން ރަފަހު ހުރަސްކޮށް ދަތުރު ކުރެވޭނީ އިސްރާއީލުގެ ސަލާމަތީ ހުއްދަ ލިބިގެން، މިސްރާ އެކު ވިލަރެސްކުރެވި، ޔޫރަޕިއަން ޔޫނިއަންގެ މިޝަނެއްގެ ބެލުމުގެ ދަށުންނެވެ.

    ރަފަހު ބޯޑަރު ހުޅުވުމަކީ އެމެރިކާގެ މެދުވެރިވުމާއެކު އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާގެ ބައެކެވެ. ނަމަވެސް، މި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

    ގާތްގަނޑަކަށް ދެ މިލިއަން މީހުން ދިރިއުޅޭ، އަދި ކާބޯތަކެއްޗާއި ބޭހާއި ބޯހިޔާވަހިކަމުގެ ބޮޑު ތަދެއް ތަހައްމަލު ކުރަމުންދާ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ރަފަހު ބޯޑަރަކީ އޮތް މުހިންމު ދޮރާއްޓެކެވެ.

    ހަމާސްއިން ވަނީ އެއްވެސް ހުރަހެއް ނެތި ފުރިހަމައަށް ބޯޑަރު ހުޅުވުމަށް ގޮވާލައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ހުރިހާ މާއްދާތަކަށް އިސްރާއީލުން އިހުތިރާމްކުރުމަށް ބާރުއަޅާފައެވެ.

    ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުގެ ސިފައިން ދަނީ ގާޒާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންނެވެ. ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި، ހަނގުރާމަ ހުއްޓާލި ފަހުން ވެސް 490 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

    2023 އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ ޖުމްލަ އަދަދު ވަނީ 71,600 އަށް ވުރެ މައްޗަށް އަރާފައެވެ.

    ]]>
    Sat, 31 Jan 2026 09:59:08 +0500 މުއާޒު
    ސްޕެސަލިސްޓުންނަށް ދައްކަންޖެހޭނީ ބޮޑުފެންޑާ އާއިލާ އެކަނި! https://heerasnews.com/3832 https://heerasnews.com/3832

    ދިވެއްސަކަށް ކޮންމެ ކަމެއް ދިމާވިއަސް ފުރަތަމަ ވެސް ދައްކަނީ ސްޕެޝަލިސްޓު ޑޮކްޓަރަކަށް ކަމަށް ބުނެ ރާއްޖޭގެ ބަލިމީހުނަށް ހެލްތު މިނިސްޓަރ ފުރައްސާރަކުރުން ބަލައެއް ނުގަނެވެއެވެ. މީހަކު ބަލިވުމުން ފަރުވާ ހޯދަން ދާންޖެހެނީ އެހެންކާކު ގާތަށް ހެއްޔެވެ. އެއްޔަކީ ބަޔަކު ސްޕެސަލައިޒް ވާން ތަމްރީނު ހަދަން ބޭނުންކުރަން ތިބި ބައެއް ނޫނެވެ. 

    އަތުން އެތައް ހަރަދަކާއި ވަގުތެއް އިސްރާފުވަނީ ރަނގަޅު ވަގުތު ރަނގަޅު ޑޮކްޓަރަށް ދައްކާ ރަނގަޅު ފަރުވާ ނުކުރެވިގެންނެވެ. އައިޖީއެމް އެޗަށް މީހުން ދައްކަން ދާތީއެއް ނޫނެވެ.

    އާނއެކެވެ. ކޮންމެ ކަމެއް ދިމާވިޔަސް އެންމެ ފުރަތަމަވެސް ދެއްކެންޏާ ދައްކަން ޖެހޭނީ އެ ކަމަކާގުޅޭ ސްޕެސަލިސްޓަކަށެވެ. ސްޕެސަލިސްޓަކާ ހަމައަށް ބަލި މީހަކު ދާންޖެހޭނީކީ ބަޔަކު ހަދާނެ އެއްޗެއް ހަދާ ގޮތް ހުސްވާ ހިސާބަކަށް ދިޔުމަކުން ނޫނެވެ. 

    މާލޭގެ އެކި ހިސާބުގައި ސަރުކާރުން ކުލިނިކް ހަދައިގެން ބަލިމީހާއާއި ސްޕެސަލިސްޓް ޑޮކްޓަރުންނާ ދެމެދުގައި ފުރޭންޏެއް ލައިގެން މީހުންގެ ވަގުތާއި ފައިސާ ބޭކާރު ކުރުވަން އުޅޭނެ ކަމެއްނެތެވެ. ކަންކަން ކުރާން ނޭނގެންޏާ  އެނގޭ ބަޔަކާ ހަވާލު ކުރާށެވެ. 

    މާލޭގެ ހަ ސަރަހައްދެއްގައި ސަރުކާރުން ކުލިނިކްތަކެއް ހަދައިގެން ތަޖުރިބާ ހޯދާ އާދައިގެ ޑޮކްޓަރުން ލައިގެން އެތަންތަން ހިންގުމަކީ ބޮޑުވެގެންވާ ހަރަދަކަށް ނުނީ ނުވާނެއެވެ. އެތަންތަން ހިންގުމަށް ކުރާ ހޭދައަށް ބޭރުން ފުލްޓައިމް ސްޕެސިލިސްޓުން ގެނެސްގެން އައިޖީއެމްއެޗްގެ ކިޔު ކުޑަކުރިއްޔާ ހުރިހާ ގޮތަކުންވެސް ފައިދާ ބޮޑުވާނެއެވެ. ބަލިމީހުން ރަނގަޅު ޑޮކްޓަރަށް ނުދެއްކިގެން އުޅޭއުޅުން ވަރަށް ބޮޑަށް ހައްލުވާނެއެވެ. އާސަންދައިން ބޭރަށް ފޮނުވަންޖެހޭ މީހުންވެސް މަދުވާނެއެވެ. 

    ހަ ޖީޕީ ކްލިނިކާއެކު، ޑޮކްޓަރަށް ދެއްކުމަށް މީހުން ހޭދަކުރާ ވަގުތާއި ހަރަދު ސަލާމަތްވެ، ކިއު ކުޑަވުމުގެ ބަދަލުގައި އެކަމުން ބަލިމީހާއަށް ލިބެންޖެހޭ އަސްލު ފަރުވާ ލިބުމަށް ދުވަސްތަކެއް ގެއްލި ފަރުވާލަސްވެ ނުރައްކަލަށް ބަލިމީހާ ހުށަހެޅުން ނޫން ކަމެއް ނުވާނެއެވެ.

    އައިޖީއެމްއެޗްގެ އިމަޖެންސީއަށް ދުވާލަކު 500 އަށް ވުރެ ގިނަ ބަލި މީހުން ދެއްކިއަސް، އޭގެ ދެބައިކުޅަ އެއްބައި މީހުންނަކީ އަސްލު އެ ތަނަށް ދާންޖެހޭ ބައެއް ނޫން" ކަމަށް ހެލްތު މިނިސްޓަރ ބުނުމުން ރާއްޖޭގެ ސިއްހީ ނިޒާމު އޮންނާނެގޮތް ހިތައް އަރުވާލާށެވެ.

    އައިޖީއެމްއެޗުގެ އިމަޖަންސީއަށް ދައްކާ މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ޑޮކްޓަރަށް ދައްކަންޖެހޭ ބައެއް ނޫންކަމަށް ހެލްތު މިނިސްޓަރ ބުނިބުނުމަކީ ދިވެހިރައްޔިތުންނަކީ ކުޅޭކުޅޭ ބައެކޭ ބުނުމެވެ.

    ރައްޔިތުން ހޮސްޕިޓަލަށް ދަނީ ކުރާނެ އެހެންކަމެއް ނެތިގެން ވަގުތު ދުއްވާލާށޭ ބުނާ ކަހަލައެވެ. ސްޕުސަލިސްޓުން ފަރުވާ ކުރަން ޖެހެނީ ހިންނަވަރު ބޮޑުފެންޑާ އާއިލާއަށް އެކަންޏޭ ބުނާ ކަހަލައެވެ.

    ]]>
    Fri, 30 Jan 2026 14:25:20 +0500 މުއާޒު
    ފެނަކަ ސައީދަށް ދެނީ ލާއިންސާނީ އަނިޔާ: ޝާހިދު https://heerasnews.com/3831 https://heerasnews.com/3831 ރާއްޖޭން ނުލިބޭ ބޭސްފަރުވާއެއް ބޭނުންވާ ހިތުގެ ބަލިމީހެއް ކަމަށްވާ ފެނަކާގެ ކުރީގެ އެމްޑީ އަހުމަދު ސައީދަށް ބޭސްފަރުވާގެ މަގު ނުދެއްކުމަކީ ބަލައިގަވޭނެ ކަމެއް ނޫންކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

    ޖަލުގައި އެކަހެރިކޮށް ހުންނަން ސިއްހީގޮތުން ފިޓްނޫން ކަމަށް ޑޮކްޓަރުން ލަފާދޭ ބަލި މީހަކާ މެދު އެ ގޮތަށް އަމަލު ކުރުމަކީ ލާއިންސާނީ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ރައްޔިތުންނާ މެދު އަމަލުކުރުމުގައި އިންސާނިއްޔަތުކަމާއި އިންސާފުވެރި ކަމާއެކު އަމަލުކުރާ ފަރާތަކަށް ދައުލަތް ވާންޖެހޭނެ ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.

    ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދަކީ  ސިޔާސީ ގޮތުން ފްރޭމް ކުރެވިގެން ޖަލު ހުކުމެއް ތަންފީޒު ކުރެވޭ ހިތުގެ ބަލީގެ ބަލި މީހެކެވެ. 

    ‏އިންސާނެއްގެ ދިރިހުރުމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް އަމަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް އިހުތިޔާރެއް ބާރެއް ނޫނެވެ.

    ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ސިއްހީ އެސެސްމެންޓް ތަކުން ސާފުކޮށް އެނގޭ ގޮތުގައި އޭނާއަކީ ޖަލުގެ އެކަހެރި ބަންދެއްގައި ބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހެއް ނޫނެވެ.

    އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެކަން ޑޮކްޓަރުންގެ ސާފުބަހުން އެނގެން އޮތްއިރު ބޭސްފަރުވާއަށް ލުއިތަކެއް ދިނުމަށް އިންކާރުކޮށް ބަންދުގައި ބެހެއްޓުމަކީ ގަސްތުގައި ދެވޭ އަނިޔާއެކެވެ. 

    ]]>
    Thu, 29 Jan 2026 12:57:30 +0500 މުއާޒު
    ޕީއެންސީއަށް ފަހިނުވާ އިންތިހާބެއް މިހާރަކު ނުބޭއްވޭނެ https://heerasnews.com/3829 https://heerasnews.com/3829 މުޅި ދައުލަށް ރައީސް މުށުތެރޭގަައި އޮތް ގައުމެއްގައި  އިލެކްޝަން ކޮމިޝަން ވަކި އެހެން ގޮތަކަށް އޮންނާނެހެއްޔެވެ. ނުއޮންނާނެއެވެ. ޕީއެންސީއަށް ފަހިވާ  ގޮތް ނޫން ގޮތަކަށް އިލެކްޝަނުން ކަމެއް ކޮށްފިއްޔާ އެކަން ވާނީ ބޮޑުވެގެންވާ އަޖައިބަކަށެވެ. 

    ރައްޔިތުންގެ މަޖިލީހަކީ ރައީސްގެ ރަބަރު ތައްގަޑަށްވެ ހިތުހުރި ގޮތަކަށް ގާނޫނު އަސާސީ އާއި ކުޅެމުން ދާކަމަށް ވާދަވެރިން އެބަކިޔައެވެ. ޖުޑިޝަރީއަކީ ވެރި މީހާ ހަތަރެސްފައި ބާނައިގެން ގެންގުޅޭ ގޮނޑި ކޮއްކޮއަކޭ ވެސް އެބަ ކިޔައެވެ. 

    މަނިޓަޜީ އޮތޯރިޓީ އާއި ގައުމީ ބޭންކަކީ ވެރިމިހާ ވެއްޓުނަ ނުދޭން ވިއްދާ ކައްތިރިއަށް ހަދައި ފިޔޭވެސް ކިޔާ އަޑު އިވެއެވެ. އެސްއޯއީތަކާއި ސިވިލް ސާވިސް ރައީސްގެ ބުމަރަށް ހަދައިފި ކަމަށްވެސް ކިޔައެވެ. 

    އޭސީސިއަކީ ހިޔާނާތާއި ވައްކަމާ ފޮރުވާދީ ފަސްއަޅާދޭ ތަނެކޭވެސް ކިޔަނީއެވެ. ހުރިހާ މިނިވަން މުއައްސަސާތަކަކީ ރައީސްގެ ޕަޕެޓުންނޭވެސް ކިޔަމުއެވެ. ހުރިހާ  ކަމެއް އެހެން އޮތްއިރު  އެ މީހުންގެ އަތްމަތިން މިނިވަން އިންސާފުވެރި އިންތިހާބެއް  ލިބިދާނެ ކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. 

    އަދުލުވެރި ކަމެއް އިންސާފެއް ނެތް އިރެއްގައި  ވާދަވެރި އިންތިހާބަކުން ބާރުވެރިންގެ މައްޗަށް ވާދަވެރިއަކަށް ކާމިޔާބުވާނީ ތަފާތު ބޮޑު މޮޅަކުން މޮޅު ވެވިގެންނެވެ. ކަނޑު ދުވަން ނިކުންނަންވާނީ ހިނދި ފާނޯވެފައި އަބަދު ނުއޮންނާނެކަން އެނގި ހުރެއެވެ. 

    ]]>
    Wed, 28 Jan 2026 20:12:04 +0500 މުއާޒު
    މާލެ އޭރިއާއިން ގޯތިލިބޭ މީހުންގެ ޖަމާއަތްތަށްވެސް ގަނެލީތަ؟ https://heerasnews.com/3827 https://heerasnews.com/3827 ހުޅުމާލެ ފޭސް2 އިންގޯތި ލިބުނު މީހުން ތިބީ ގެ އެޅޭނެ ގޮތް ނުވެފައެވެ. ހުޅުމާލެ ފޭސް ދޭކުން ގޯތި ދީފައިވާ ސަރަހައްދުގައި ނަރުދަމާއެއް ފެނެއް ކަރަންޓެއް ނެތެވެ.

    ދެ އަހަރު ވެގެން.ދިޔައިރު ފެނާއި ނަރުދަމާޢާއި ކަރަންޓް އެސަރަހައްދަށް ގުޅާދެވޭ ވަރެއް ނުވިއެވެ. ބުރިޖުން ގުޅާލެވޭ ގޮތަށް ހިއްކާފައޮތް ގުޅިފަޅުގެ ފެނާއި ކަރަންޓާއި ނަރުދަމާ ގާއިމުކޮށް މަގުހެދޭނެ ދުވަހެއް ނޭނގެއެވެ.

    އަސާސީ ހިދުމަތްތައް ގާއިމުކޮށްދީ ގޯތިތައް ހަވާލު ކުރުމުގެ ބަދަލުގައި ދެއްކީ ބަހަނާއެވެ. މާލެ ސަރަހައްދުން ދިނުމަށް ކުރީ ސަރުކާރުން ކަނޑައެޅި 9000 ގޯތީގެ ތެރެއިން އެންމެ 600 ގޯތިފިޔަވާ ހުރިހާ ގޯއްޗަކަށްވާ ބިން އޮތީ ހިއްކާ ނިންމާފައެވެ. ނުހިކި އޮތް ގޯތިތަކުގެ ބިން ހިއްކުމުގެ މަސައްކަތް ބޮސްކާލީސް ލައްވާ އައި ހިއްކަމުންނެވެ. 

    ރައީސް މުއިއްޒު ވެރިކަމާ ހަވާުވެ ވަޑައިގަތުމާއެކުން އެބިންތައް ހިއްކުން ހުއްޓާލާ ރަސްމާލެ ހިއްކަންފެށިއެވެ. 8 މަސް ދުވަހުން ރަސްމާލެ ހިއްކާ ނިންމާނެ ކަމަށް ވިދާޅުވިއެވެ.

    މާލެ ސަރަހައްދުން ކުރީ ސަރުކާރުން މާލެ މީހުނަށް ހިލޭ ގޯތި ދިނުމަކީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ކަމަށް ވެގެންވެސް އުޅުނެވެ. ކަނޑުންނާއި މަގުންނާއި ހޮޅިލައިނު މަތިން ގޯތިދީފައި އޮތްކަމަށް އަޑުއަރުވާ މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ހަވާލު ނުކުރަން ލައްކަ ހިތްވަރު ކުރިއެވެ. އެކަމަކު ގޯތިތައް ނުދީ ފަރަކު ނުޖެއްސުނެވެ.

    ގޯތިތައް ހަވާލުކުރުން ލަސްކޮށް ދަންމާލުމަށް ދެން ޖެއްސީ ލޭންޑް ޔޫސް ޕްލޭނުގެ ބަހަނާއެވެ. ގިރާވަރުފަޅުން ގޯތި ލިބުނު ބަޔަކު ގުޅިފަޅަށް ބަދަލު ކުރުމަކީވެސް ދަންމަލުމުގެ ބަހަނާއެކެވެ. ކަނޑުން ގޯތިދިނޭ ކިޔާ ކުރީ ސަރުކާރަށް ފާޑުކީ ސަރުކާރުން އެތައް ސަތޭކަ ބަޔަކު ގުޅިފަޅުން ނުހިއްކާ އޮތް ގުޅީފަޅުގެ ފުންވިލަށް އަޅާލުން މައްސަލައަކަށް ނުވިއެވެ. 

    ނެތް ބަޖެޓަކުން ބާޓާ ސިސްޓަމަށް ރަސްމާލެ ހިއްކުމަކީ ގެއްލުމަކަށް ނުވިއެވެ. ދުނިޔޭގެ އެންމެ ބޮޑެތި ޖައްރާފު ގެނެސްގެނާއި ރާޖޫޢަށް ބިންތަކެއްދީ ރަސްމާލޭން ދެތިނ ހެކްޓަރ ނުހިއްކި އެއްބަސްވުން ބާތިލު ކުރުންވެސް ގެއްލުމަކަށް ނުވިއެވެ.

    ހުޅުމާލޭ ފޭސް 2އިން ގޯތި ދީފައިވާ ސަރަހައްދާއި ގުޅީފަޅުގައި ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމު ކުރާނެ ފައިސާއެއް ނެތެވެ. ގުޅީފަޅުގައި މަގު ހެދުމަށާއި ސްކޫލުތަކާއި މިސްކިތް ފަދަ އަސާސީ ހިދުމަތްތައް ގާއިމުކުރަން ސަރުކާރުގައި ފައިސާ ހުރި ކަމަކަށް ނުވެއެވެ. 

    ކަންކަން އެހެން އޮތަސް އެމްއޭސީއޭލްއަށް އަންގައިގެން ފުށިދިއްގަރުފަޅު ހިއްކުމަކީ ކުރާ ވައްކަމެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. ދުނިޔޭގެ އެންމެ ބޮޑެތި ޖައްރާފުތައް ގެނެސްގެން ރަސްމާލެ ހިއްކަނީ ކޮންތާކުން ކިހިނެތް ފައިސާ ނެރެގެންކަމެއް ނޭނގެއެވެ. އެއަރޕޯޓް ކޮންޕެނީ ބަނގުރޫޓް ކޮށްލައިގެންވިޔަސް ރަސްމާލެ ހިއްކަނީ ބަޔަކަށް ހިޔާވަހިކަން ދޭން ކަމަކަށް މީހުން ގަބޫލެއް ނުކުރެއެވެ. 

    ކުރިޔަށް އޮތް 15އަހަރުތެރޭގަވެސް ފުށިދިއްގަރުފަޅިގައި ބަޔަކަށް ދިރިއެއް ނޫޅެވޭނެއެވެ. ބަޔަކު ދިރިއުޅެން ތަނެއް ހިއްކާ ނަމަ  ހިއްމަފުށި ފަޅު ހިއްކައިގެން ގޯތިދިނުން މާޜަނގަޅި ވީހެވެ.

    ރައީސް މުއިއްޒުގެ ޓާގެޓަކީ ރިޔާސީ އިންތިހާބަށް އެއްބިލިއަން ރުފިޔާ ޖަމާކުރުން ކަމަށް ބުނެއުޅެއެވެ. ވޯޓް ހޯދަން މުއިއްޒުގެންގުޅޭ ފޯމިއުލާއަކީ އިނާޔަތްތަށް ބޮޑުކުރުންކަމަށާއި ވީހާ ގިނަ ބަޔަކަށް ރިޝްވަތުގެ ގޮތުގައި  ވަޒީފާދިނުން ކަމަށް ކިޔާއަޑު އިވެއެވެ. އެގޮތުން ކައުންސިލް އިންތިޚާބަށް ވުމުން ނަގާކިޔާ މީހުންނާއި  ޖަމުއިއްޔާތަކަށް ފައިސާދީގެން ގަނެލަމުން ދާކަމަށްވެއެވެ.

    ]]>
    Tue, 27 Jan 2026 20:00:00 +0500 މުއާޒު
    ނިކަމެތިންނަށް ހިޔާވަކަން ނުދޭން ނިންމި ނިންމުމެއް. https://heerasnews.com/3826 https://heerasnews.com/3826 ރަށްރަށުން މާލެއައިސް މާލޭގައި އެތައް ބަޔަކު އެބަ ދިރިއުޅެއެވެ.  މާލޭގައި ދިރިއުޅޭ ރަށްރަށު އެންމެން އުޅެނީ ސަރުކާރުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީ ވެގެނެއް ނޫނެވެ. ހާލަކުން މީހަކުވެސް ރަށުން އައިގޮތަށް މާލޭގެ އެއް ގެއެއްގައި އުމުރު ހުސްވަންދެންު އުޅެވިފައެއްވެސް ނެތެވެ.

    އެންމެނަކު މާލޭގައި ދިރިއުޅެނީ މަދަރުސާތަކަށް ދަރިން ވައްދައިގެނެއް ވެސް ނޫނެވެ. އެންމެނަކު އާމްދަނީ ހޯދަނީ ތަނެއްގައި ވަޒީފާ އަދާކޮށްގެނެއް ވެސް ނޫނެވެ. މަޖޫރީންގެ ގޮތުގައި އުޅޭ މީހުނާއި ގޭގޭގައި މަސައްކަތް ކޮށްދީގެން ކައިބޮއި ހަދާ މީހުން މަދެއްނޫނެވެ. ވަޒީފާ އަދާކުރި ކުންފުނި ވުޖޫދުގައި ނެތް ކިތަންމެ ބަޔަކުވެސް މާލޭގައި އެބަ އުޅެއެވެ. 

    ދެ އަހަރުން އަހަރަކުން ކުއްޔަށް ހިފައިގެން އުޅޭ ތަން ބަދަލުވާން ޖެހިގެން ބަދަލުވަމުން މާލޭގެ އެތަން މިތާ ދިރިއުޅޭ މީހުން ނުލާހިކު ގިނައެވެ. ހުދު ހައުސިންގ މިނިސްޓަރ ކަމުގައިހުރި މުއްތޮލިބު މާލޭގައި ކިތައްތާ އުޅުނު ހެއްޔެވެ.

    މާލޭގައި މީހަކު ދިރިއުޅުނުކަން ކަށަވަރުކުރަން އުޅުނު ގޭގެ ވެރިފަރާތުން ލިޔުން ހޯދަން ދޭވަރަށްވުރެ ގިނަ މީހުން ގޭގެއިން ނިކުންނަން ޖެހިފައި ހުންނަނީ ހުތުރުކޮށެވެ. މީހަކު ލިޔުމެއް ދިނަސް ނުދިނަސް މާލޭގައި ދިރިއުޅުނު ބަޔަކު ދިރިނޫޅޭ ކަމަކަށް ނުހެދޭނެއެވެ. 

    ރަށެއްގެ މީހަކު މާލޭގައި ދިރިއުޅުނުކަން ކަށަވަރުކުރަން ލިޔުމެއް ދެންޏާ އެންމެ ސައްހަ ލިޔުމެއް ދެވޭނީ އެރަށެއްގެ ކައުންސިލަށެވެ. ކޮންމެ މީހަކާ ގުޅޭ އެންމެ ގިނަ މުއާމަލާތު ކުރެވިފައި ހުންނާނީ އެމީހަކު ނިސްބަތްވާ ރަށު ކައުންސިލަށެވެ.

    ރަށުގެ ރަށްވެހިންގެ ދަފްތަރު ބަލަހައްޓާ ބަޔަކަށް އެމީހަކު އާއްމުކޮށް ދިރިއުޅޭ ތަނެއްގެ މައުލޫމާތު އެނގޭނެއެވެ. ހޯދޭނެއެވެ. އަމްދުން ގިނަ ރަށްރަށަކީ އެކެއް އަނެކެއްގެ ހަރަކާތްތައް އެގޭވަރުގެ ކުދިކުދި އާބާދީތަކެއް ކަމުން މީހަކު ދިރިއުޅޭ ރަށެއްގެ މައުލޫމާތު ހޯދޭނީވެސް ރަށު ކައުންސިލަށެވެ. 

    ދިރިއުޅޭ ތަނުގެ މައުލުމާތު ދިނުމަށް  ކައުންސިލްތަކުން ދޭލިޔުންތައް ބަލައި ނުގަތުމަށާއި ކައުންސިލްތަކުން ލިޔުންނުދޭން އެންގީ މާލޭގައި އެތައް ޒަމާނެއް ވަންދެން އުޅޭ ރަށްރަށުގެ ނިކަމެތިންނަށް ހިޔާވަހިކަން ލިބުނަ ނުދޭށެވެ.

    ]]>
    Mon, 26 Jan 2026 21:50:28 +0500 މުއާޒު
    ދިވެހި ދިދައިގައި ކަނޑު ކުލައަށް ޖާގައެއް ނެތް https://heerasnews.com/3824 https://heerasnews.com/3824 ފަހަރެއްގައި ބަޔަކަށް އަޑުއަހަން ފަސޭހަ ނުވެދާނެއެވެ. އެހެނެއް ކަމަކު ދެވަނަ ވިސްނުމަކުން މި ކަމާމެދު ވިސްނާލުން ރަނގަޅުވެދާނެއެވެ. 

    ގައުމިއްޔަތުގެ ވާހަކައިގެ އަޑުގަދަ މިކަލަ ދުވަސްވަރެއްގައި ގައުމިއްޔަތުގެ ރަމްޒުތަކާ މެދު ވިސްނާ ހިޔާލުކޮށްލީމެވެ. ވިސްނާލީ ގައުމީ ނިޝާނާއި ގައުމީ ސަލާމާއި ގައުމީ ދިދައާއި މެދުގައެވެ. 

    ދުނިޔޭގެ ގައުމުތަކުގައި އެތަކެއްޗަށް އިހުތިރާމްކޮށް ކުރުނީސް ކުރުމުގައި ފިސާރި ބޮޑު ވާހަކައެއް އޮވެއެވެ. ގައުމީ ރަމްޒުތަކާ އެގައުމަކާ ބޮޑުގުޅުމެއް އޮވެއެވެ. މިސާލަކަށް އިންޑިއާގެ ގައުމީ ސަލާމުން  "ބަހާރަތުމާ" ކިތަންމެ ރަނގަޅަކަށްވެސް ސިފަކޮށްދެއެވެ. ގައުމީ ޖޯޝް ގެނުވައެވެ.

    ރާއްޖޭގެ ގައުމީ ސަލާމުން ގައުމީ ޖޯޝް ދިވެހިންގެ ހިތަށް ވައްދައެއް ނުދެއެވެ. ރާއްޖޭގެ ގައުމީ ސަލާމުން ހަގީގީގަތުގަޢި ރާއްޖެ ސިފަވެ ގައުމީރޫހު ހިތްތަކަށް ވައްދާދެއޭ ބުނާކަށް ފަސޭހައެއް ނޫނެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް ހަގީގަތަކީ އެއީއެވެ.

    ރާއްޖޭގެ ބޮޑު ބަޔަކީ ކަނޑެވެ. ދިވެހީންގެ މައިގަޑު ރޯދި ބަރަކާތް ގުޅިފައިވަނީ ކަނޑާއެވެ. ދިވެހިން މަސްހޫރުވެފައި ވަނީ ޒަމާނުއްސުރެ ކަނޑުގެ ދަރިންގެ ނަމުންނެވެ. ހުރިހާ ކަމެއްހެން ލާމެހިފައިވަނީ ކަނޑާއެވެ. އެހެންނަމަވެސް ދިވެހި ގައުމީ ދިދައިގައި ކަނޑު ކުލައަކަށް ޖާގައެއްނެތެ. 

    ]]>
    Sun, 25 Jan 2026 21:11:25 +0500 މުއާޒު
    ކުރަންވީ ކަމަކީ ދިވެހިބަހަށް ފަހި މާހައުލެއް ޤާއިމުކުރުން: ފައްޔާޒް https://heerasnews.com/3823 https://heerasnews.com/3823 ދިވެހިބަސް ކުރިއެރުވުމުގެ މުހިންމު ބޭނުމަށްޓަކައި އަލަށް އުނގެނެން ފަށާ ކުދިންނަށް އިސްލާމް ދީން ފަހުމުނުވާނެ ހާލަތެއްގައި އޮތުމަކީ އެ ކުދިން ބޮޑުވަމުން އަންނައިރު ދީން ދެކެ ލޯބި އުފެދި، ހެޔޮ މުސްލިމަކަށްވުމަށް އެޅެންޖެހޭ ބިންގާ އެޅުމުގައި ބޮޑު ހުރަހަކަށް ވާނެކަމަށް އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. ފައްޔާޒު ވިދާޅުވީ އެއީ މާދަރީބަސް ކުރިއެރުވުމުގެ ބޭނުމުގައި ކުރެވިދާނެ އަދި ކުރަންހެޔޮވާވަރުގެ ކަމެއްތޯއޭ ހިތާހިތުން ސުވާލު ކޮށްލެވޭ ކަމަށެވެ.

    އޮނަރަބަލް ފައްޔާޒު އެމޭރުމުން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވަނީ މިއަދު އެންމެ ތުއްތުކުދިންނާ ހަމައިން ފެށިގެން ގިނަ ޒުވާނުން ވެސް އެ މީހުންގެ ހުރިހާ މައުލޫމާތާއި، މުނިފޫހިފިލިވުން އަދި މުއާސަލާތު ކުރުމުގައި އަދި ވިސްނުމުގައި ވެސް ބޭނުން ކުރަނީ އިނގިރޭސި ބަހެވެ. މިފަދަ ހާލަތަކަށް ދިޔައީ އިންޓަނެޓުގެ ޒަރިއްޔާއިން މުޅި ދުނިޔެ ބަވަނަވެ ގުޅިލާމެހުމުގެ ސަބަބުންނެވެ.

    ފައްޔާޒު ވިދާޅުވަނީ " ބޮޑެތި އާބާދީތަކުން ވާހަކަ ދައްކާ ބަސްތައް ފިޔަވައި އެހެން ހުރިހާބަހަކަށް އޮތް ގޮންޖެހުންތައް ބޮޑެވެ. ދިވެހި ބަސް އެކަންޏެއްނޫނެވެ. ދިވެހި ބަސް ސަލާމަތްކޮށް ދިރުވާ އާލާކުރުން ވަރަށް މުހިންމެވެ. އެއަށްވުރެެ އަދި މުހިންމީ އަޅުގަނޑުމެންގެ ދަރިން އަދި މި ގައުމުގެ މުސްތަގުބަލު ކަމަށްވާ ޒުވާނުން ގެ ހިތުތެރޭ އިމާންތެރިކަން ކަށަވަރުކުރެވި، ކީރިތި ރަސޫލާގެ މިސާލުން ދިރިއުޅޭ މުޖުތަމައުއެއް ކަށަވަރުކުރުމެވެ." 

    އަދިވެސް ވިދާޅުވިއެވެ. "މިއަދުގެ ހާލަތުގައި އިސްލާމް މާއްދާ ދިވެހި ބަހުން ކިޔަވާދީގެން އެކަން ވާތަނެއް ނުފެނެއެވެ. އަދި ކުދިންގެ ކިބައިގައި އިސްލާމް ދީނަށް އޮންނަންވީ ލޯތްބާއި އިހުތިރާމު ކުޑަވުމާއި ގެއްލުމުގެ ބިރު ވަރަށް ބޮޑެވެ. މި ދެކަން ވެސް ހާސިލުނުވާން ވީ އެއްވެސް ސަބަބެއް ނެތެވެ. އިސްލާމީ އަގީދާ އާއި މުސްލިމަކަށްވުމުގެ ޒިންމާ ފަހުމުވާނޭ އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވަލަންވީއެވެ. އޭގެ ތެރެއިން މާއްދާ ކިޔަވަދޭނެ ބަސް އެއީ ހަމަ ކުޑަކުޑަ ތަންކޮޅެކެވެ. އުރުދޫ ބަހުންވިޔަސް ޗައިނާ ބަހުންވިޔަސް ކުދިންނަށް ފަހުމުވާ ގޮތަކަށް ކިޔަވަދޭންވީއެވެ."

    އޮނަރަބަލް ފައްޔާޒު ވިދާޅުވި ގޮތުގައި "ދިވެހި ބަސް ކުރިއެރުވޭނީ އިސްލާމް މަައްދާ އަދި ސައިންސް މާއްދާ ދިވެހި ބަހުން ކިޔަވަދީގެނެއް ނޫނެވެ. ކުރަންވީ ކަމަކީ ލިޔުންތެރިންނަށް ފަހި ވަރުގަދަ މާހައުލެއް ޤާއިމު ކުރަންވީއެވެ. ދިވެހި އަދަބީ އުފެއްދުންތަކަށް ރަނގަޅު ފުރުސަތުތަކެއް އުފައްދައިދީ އާމްދަނީ ލިބެނޭ މަގު ތަނަވަސް ކޮށްދޭންވީއެވެ. މި ޖީލުގެ ތުއްތު ކުދިން އަދި ޅަ ޒުވާނުން ގަޔާވާފަދަ ފިލްމް، ގޭމްސް، ފޮތް ފަދަ ތަކެތި ދިވެހި ބަހުން އުފެއްދޭނެ މާހައުލެއް ގާއިމު ކުރަންވީއެވެ."   

    "އަރަބި ބަހަކީ ދިވެހި ބަހެއް ނޫނެވެ. މިއީ އަޅުގަނޑުގެ ހިޔާލެވެ. އެއްގޮތަކަށްވެސް އެހެން ބޭފުޅުންގެ ވިސްނުމާއި ޖަދަލުކުރުމުގެ ނިޔަތަކު ނޫނެވެ. ޒުވާނުން ދީނާ ދުރަށްދާތަން ފެންނަމުންދާކަމުގެ ކަންބޮޑުވުން އޮތީމައެވެ. އަދި ޅަ ދަރިންނަށް މިހާރުގެ ކަރިކިއުލަމްގެ ތެރެއިން ދީނީ ލޯބި އުފެދޭތަން ނުފެންނާތީ އޮތް ކަންބޮޑުވުމުގެ ސަބަބުންނެވެ. މީގެ އެއް ސަބަބެއް ކަމަށް އަޅުގަނޑުގެ ހިތަށް ފެންނަނީ އިސްލާމް މާއްދާ ކިޔަވަދޭގޮތެވެ. ކަރިކިއުލަމްގެ މައްސަލަތަކުގެ އިތުރުން ކުދިންނަށް ފަހުމުނުވުމެވެ." ފައްޔާޒު ވިދާޅުވިއެވެ.

    "އަޅުގަނޑު ހަނދާންވަނީ އިނގިރޭސީން އައްޑޫ ހިފަން އުޅުނު އިރު ކަމަށް ބުނެ އޮންނަ މަޖާޒީ ވާހަކައެކެވެ. އައްޑޫ މީހުންނާއި އިނގިރޭސީންގެ ބައްދަލުވުމެއްގެ ވާހަކައެކެވެ. ދެބައި މީހުންވެސް ވާހަކަ ދެއްކީ އެބައެއްގެ ބަހުންނެވެ. ޖަލްސާ ނިމުނީ ދެއްކި ވާހަކައެއް އެއްވެސް ފަރާތަކަށް ނޭނގިއެވެ. ނަތީޖާއެއް ނުނިކުތެވެ." ފައްޔާޒު އެ މިސާލު ޖައްސަވަމުން ދެން ވިދާޅުވީ " މި މައްސަލައަކީ ރުޅިވެރިކަމެއްނެތި މުޅި މުޖުތަމައު ބަހުސްކޮށް ރަނގަޅުގޮތެއް ހޯދޭތޯ އުޅެން މުހިއްމު މައްސަލައެއްކަމަށް" އެމަނިކުފާނަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ. 

    ]]>
    Sat, 24 Jan 2026 10:50:48 +0500 މުއާޒު
    ނޫސްވެރިކަމަކީ ޖަވާބުދާރީކުރުވުމުގެ އެންމެ މުހިންމު އަސާސް: އާޒިމް https://heerasnews.com/3822 https://heerasnews.com/3822 ނޫސްވެރިކަމުގެ މިނިވަންކަމަކީ ޖަވާބުދާރީކުރުވުމުގެ އެންމެ މުހިންމު އަސާސް ކަމަށް މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭ މޭޔަރ ވިދާޅުވަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ކުރާ ކަންކަން ހުއްޓާލަންޖެހޭ ކަމަށެވެ.

    ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާވަނީ މިނިވަން ނޫސްވެރިކަމެއް އޮވެގެން ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ "އަދަދު" ނޫހުން ޝާއިއުކުރި ކާޓޫނެއް ނެގުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގުމާ ގުޅިގެން އެކސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

    މޭޔަރ އާޒިމް ވިދާޅުވި ގޮތުގައި ދައުލަތުގެ ނިޒާމުގެ ތެރޭގައި "ޗެކް އެންޑް ބެލެންސް" ނުވަތަ އެކަކު އަނެކަކު ފާރަވެރިވެ ޖަވާބުދާރީކުރުވޭނެ މަގެއް ނެތް ނަމަ، ގޯސް އާދަތައް އާންމުވެ، މުޅި ނިޒާމު ފަސާދަވެގެން ހިނގައިދާނެއެވެ. 

    އަދަދު ނޫހުގައި ޝާއިއުކޮށްގެން އުޅޭ ކާޓޫނެއްގެ މައްސަލަ މާ ބޮޑުކޮށްލައިގެން އުޅެނީ އެ ކާޓޫނަކީ އިސްލާމުދީނަށް ފުރައްސާރަ ކުރާ ކާޓޫނެއް ކަމުގައި ސަރުކާރަށް ތާއީދުކުރާ ބަޔަކު ދެކިގެންނެވެ.

    އަދަދު ނޫހަކީ ސަރުކާރުގެ ޖަވާބުދާރީ ކުރުވުމުގައި ދޯހަޅި ސިޔާސަތުތަކަށް އަމާޒުކޮށް ހަބަރާ މައުލޫމާތު ވަރަށް ގިނައިން ގެނެސްދޭ ނޫހެކެވެ. އެހެން ކަމުން އަދަދު ނޫހާމެދު ފިޔަޅުއަޅާ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅުވަން ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. 

    މީޑިއާ ކޮންޓްރޯލް ކޮމިޝަންގެ ނިންމުމާމެދު ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތަކާއި ސިޔާސީ ވާދަވެރިން އަންނަނީ ފާޑުކިޔަމުންނެވެ. ހީލަތްތެރި ކަމާއެކު ރޭވިގެން ނޫސްވެރިކަމަށް ހުރަސްއެޅުން ސަރުކާރުން ހުއްޓާލަންޖެހެއެވެ.

    ]]>
    Sat, 24 Jan 2026 10:20:15 +0500 މުއާޒު
    ޒަރިޔަންދަކީ ސިޔާސީ ނުފޫޒެއް ނެތް މީހެއްނޫން! https://heerasnews.com/3821 https://heerasnews.com/3821 އަމިއްލަ ފަރުދުން އެމީހުންގެ ބުރަ މަސައްކަތުން ހޯދާފައި ހުންނަ އަމިއްލަ ފައިސާއާއި އެމީހުންގެ އަމިއްލަ ވަގުތާ ހޭދަކޮށްގެން ސިޔާސީ މަގާމަކަށް ވަކި މީހަކު ހޮވާދޭން ޖެހޭހެއްޔެވެ. ކިތަންމެ ނަޒާހަތްތެރި ކަމެއް ދައްކައިގެން އުޅުނަސް މަގާމަށް އައުމަށް ދައްކާހާ ވާހަކައާއި ކުރާކަންތައް ބާރާ މަގާމު ލިބުމުން ގިނަ މީހުންގެ ހަނދާނުގައި ނުހުރެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދީ ހުވާކޮށްގެން މަގާމާ ހަވާލުވެ ދިމާ އިދިކޮޅަށް އަމަލު ކުރަން ޖެހެލުންނުވާ އިންސާނުން މަގާމަށް އައުމަށް ކުޅޭ ޑްރާމާއާއި ޗަރުކޭސް ވާނީ ކޮން އެއްޗަކަށް ހެއްޔެވެ. 

    ކުރިމަތި ވަމުން އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ގުޅުވާ ލައްކަ ގޮތްގޮތަށް މީސްމީހުން އެބަ ކެންޕޭން ކުރެއެވެ. ގިނައީ މަލްޓިޕާޓީ ޑިމޮކްރަސީގެ ކުޑައިގާ އެކި މަގާމުތަކަށް ވާދަކުރާ މީހުންނެވެ. އެ މީހުން ގެންގުޅެނީ ޕާޓީ މެނެފެސްޓޯއާއި ވައުދުތަކެވެ. ވާނީ އެހެންތާއެވެ. ޕާޓީއަކާ ނުގުޅެ އަމިއްލަ ހައިސިއްޔަތުން ކަމެއް ބަދަލުކޮށްލެވޭނެ އިންތިޒާމެއް ރާއްޖޭގެ ވެރިކަން ހިންގުމުގެ ތެރެއަކުނެތެވެ. ވަރަށް ހުޝިޔާރު މީހަކަށް ނޫނީ އަމިއްލަ ގޮތުން ކަމަކަށް ވާދަކޮށް ހޮވިގެން ކަމެއް ބަދަލުކޮށެއް ނުލެވޭނެއެވެ. 

    ރާއްޖޭގައި މިހާރު އޮތް ނިޒާމުގެ ތެރޭގައި ކަމެއް ބަދަލު ކޮށްލެވޭނީ އެއްވިސްނުމެއްގެ ގިނަ ބަޔަކަށެވެ. އަމިއްލަ ގޮތުން މަގާމަށް ހޮވޭ މީހާ، މީހަކަށް ވަނީ ގިނަ މީހުންނާ ބައިވެރިވެ އެ މީހުންގެ ވިސްނުމަށް ބަދަލު ވުމުންނެވެ. މާގަދަ މީހަކަށް ވެގެން މަހުން މަހަށް މުސާރަ ނެނގުމާއި ގޮނޑި ހޫނުކުރުން ފިޔަވާ އެކަނި އެކަންޏަށް ކުރެވޭ މާ ބޮޑުކަމެއް ނޯވެއެވެ. ޒަރިޔަންދަކަސް އެހެން މީހަކަސް އެކަމުގައި މާބޮޑު ތަފާތެއް ނުހުރެއެވެ.

    އޮންނަ ބޮޑު މެޖޯރިޓީ ބޭނުންކޮށްގެން ކަންކަން ކުރިޔަ ނުދިނުމުގެ ދިރިއޮތް މިސާލަކީ މާލެ ސިޓީގެ މިހާރުގެ ކައުންސިލެވެ. ކިތަންމެ ޒިންމާދާރު މުރާލި ހިންގުންތެރި ނަޒާހަތްތެރިއަކު މޭޔަރަކަށް ހުއްޓަސް ކައުންސިލްގެ މެޖޯރިޓީ ބޭނުން ނުވާކަމެއް ކުރިއަނުދީ ބަނދެލާނެއެވެ. ބޮޑު ޕާޓީއެއްގެ ޓިކެޓްގައި ނިކުމެ މާލޭ މޭޔަރ އާދަމް އާޒިމް ކުރެއްވި ވަރުވެސް ނެތް މެޖޯރިޓީއެއްގެ ތެރޭގައި ހާލަކުން މީހަކަށްވެސް ނުކުރެވޭނެ ކަމީ ޝައްކެއް ނެތްކަމެކެވެ. 

    ހަމަތެދެކެވެ. ކިރިޔަ ކިރިޔާ ތިންހާސް ހަމަވާ ސިޔާސީ ޕާޓީއެއްގެ ސްޓޭޖުމަތިން ރިސެޓް ވެގެން ގައުމީ ކެންޑިޑޭޓް ހެދިގެން ނިކުތުމަކުން ސިޔާސީ ޕާޓީގެ ނުފޫޒުން އެއްފަރާތްވެ ހުރި މީހަކަށް ޒަރިޔަންދަކަށް ނުވެވޭނެއެވެ. ރާއްޖޭގެ ތާރީހުގައި ވެރިކަމުގައި ތިބެ އެންމެ ބޮޑު ހިޔާނާތް އެ މީހެއްގެ ވެރިކަމުގައިވީ މީހާގެ އަތުގައި ހިފައިގެން ހުރެ ނަޒާހަތްތެރި ޓެގް އެޅުމަކުން އިތުބާރެއް ނުކުރެވޭނެއެވެ. ނުވެސް ކުރާނެއެވެ.

    އަނެއްކޮޅުން ކެންޕޭނަށް ފައިސާ ހޯދަން ފަންޑްފޮށި ހުޅުވައިގެން ލާރި އެއްކުރާގޮތް ދެއްކުމަކީ އަމާނާތްތެރިއެއް ކަމުގެ ދަލީލެއްވެސް ނޫނެވެ. ކެންޕޭނަށް ފަންޑްފޮށި ހުޅުވުމުން ހަގީގަތުގައި ދައުވަތު އެ ދެވެނީ ގައުމުގައި ތިބި ފައިސާ ވެރިންނަށެވެ. އާހިރުގައި ވެވޭނީ ފައިސާދޭ މީހާގެ ބުމަރަކަށެވެ.

    ނަޒާހަތްރިކަން ބޮޑުކަމުން ފައިސާ ދޭމީހުންގެ މަސްލަހަތު ރައްކާތެރިކުރުމުގެ ނަމުގައި ކާކުދިނީ ކިހާފައިސާއެއް ކަމެއް ހާމައެއް ނުކުރާނެއެވެ. ނަޒާހަތުގެ ކިތަންމެ ބޮޑު ސިއްކައެއް ޖަހައިގެން ނިކުތަސް ފައިސާވެރިންގެ އަޅަކަށް ނުވެ ނުހުރެވޭނެއެވެ، ހަމައެހެން  މަލްޓިޕާޓީ ނިޒާމެއްގައި މެޖޯރިޓީއާ ދެކޮޅަށް ފަހަތުގައި ބޮޑު ސިޔާސީ ޕާޓީއެއް ނެތި ގިނިކަންޏާ ހުންނަ މޭޔަރަކަށް ކުރެވޭނެކަމެއް ނުއޮންނާނެއެވެ. 

    ]]>
    Fri, 23 Jan 2026 14:08:05 +0500 މުއާޒު
    ޗާގޯސް ގެއްލުނީ ޔާމީނުމެންގެ އިހުމާލުން https://heerasnews.com/3819 https://heerasnews.com/3819 އިގިރޭސީން ޗާގޯސް ދޫކޮށްލުމަކީ މޮޔަކަމެއް ކަމަށް އެމެރިކާގެ ރައީސް ވިދާޅުވުމުން ޗާގޯހުގެ އަޑު އަނެއްކާވެސް ރާއްޖޭގައި ގަދަވެ ގެންފިއެވެ. ޗާގޯހުގެ ސިޔާދަތީ ބާރު އޮތުން އެންމެ ހައްގީ ޗާގޯހުން ބޭރުކޮށްލާފައިވާ އެތާނގެ ވަޒަންވެރިންނަށްތޯ މޮރިޝަންއަށްތޯ ރާއްޖެއަށްތޯ އިނގިރޭސި ވިލާތަށްތޯ އެއްޔަކީ މިހާރަކު އޮތް ސުވާލެއް ނޫނެވެ. ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތީބާރު ހިނގާ ތަނެކެވެ.

    އަމްދުން ޗާގޯހުގެ ސިޔާދަތީބާރު އޮންނަން ޖެހޭނީ ރާއްޖެއަށް ކަމަށް ވާހަކަ ދައްކާނެ ޖާގައެއް މިހާރަކު ނެތެވެ. އެ ވާހަކަ ބާރަށް ދެއްކެން އޮތްދުވަހު ރާއްޖޭން އެ ވާހަކައެއް ނުދައްކައެވެ. ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަން ޖެހޭނެ ކަމަށް އެއްވެސް އިރަކު ރާއްޖޭން ނުދެއްކީ ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް ރާއްޖެއަށް ގަބޫލުކުރެވިފައި ނެތުމުންނެވެ.

    ޒަމާނުއްސުރެ ރާއްޖެއިން ބައިނަލްއަގުވާމީ ފެންވަރުގައި ޗާގޯހާ ގުޅުންހުރި ބަހުސަކަށް ކުރިއްޔާ ކުރި ބަހުސަކީ ފޯޅަވަހި ކަނޑުގެ މައްސަލައިގެ ބަހުސެވެ. އެއްވެސް އިރަކު ޗާގޯހަކީ ރާއްޖޭގެ ބައެއްކަމަށް ނުވަތަ ޗާގޯހުގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަން ޖެހޭނެ ކަމަކަށް ރާއްޖޭން ވަކާލާތެއް ނުކުރެއެވެ. އޭގެ ހެއްކަކީ ޗާގޯހުގެ ސިޔާދަތީބާރު ހޯދަން ޗާގޯހާ މާދުރުގައި އޮތް މޮރިޝަސްއިން ހުއްޓާނުލާ ބައިނަލްއަގުވަމީ ގޮތުން މަސައްކަތް ކުރަމުން ދިޔައިރު އެކަމާ ރާއްޖޭން އަޅާ ކަހާވެސް ނުލާ އޮތް އޮތުމެވެ. 

    ޗާގޯހުގެ ސިޔާދަތީބާރު ހޯދަން އދ އަށް މޮރިޝަސް އިން ހުށަހަޅައިގެން އެތައް އަހަރެއް ވަންދެން އެތައް މަސައްކަތެއް ކުރަމުން ދާކަން އެނގިހުރެ ރާއްޖޭން އެކަމާ އެއްވެސް ކަމެއް ނުކުރެއެވެ. މޮރިޝްސް އިން އދ އަށް ރަސްމީކޮށް މައްސަލަ ހުށަހަޅާ ދުނިޔޭގެ ކޯޓުގައި އިސްތިޝާރީ ލަފާއާއި ގުޅުން ހުރި ކަންކަން ހިންގާ ދުނިޔޭގެ ގައުމުތަކުގެ ތާއީދު ހޯދަން މޮރިޝަހުން އެންމެ ބޮޑަށް މަސައްކަތްކުރި ދުވަސްވަރު ރާއްޖޭގެ ވެރިކަމުގައި އޮތީ ރައީސް ޔާމީނުގެ ޕީޕީއެމް ސަރުކާރެވެ. ޗާގޯހުގެ ސިޔާތީބާރު ރާއްޖެއަށް އޮންނަން ޖެހޭކަމަށް ރާއްޖޭން ގަބޫލު ކުރާނަމަ މޮރިޝަސް އެ ކުރިގޮތަށް ރާއްޖެއަށްވެސް މަސައްކަތް ކުރެވެން އޭރު އޮތެވެ. އެހެނެއް ކަމަކު ޗާގޯސް ހޯދަން އެއްކަމެއް ނުކޮށް އޮތީ ރާއްޖެއަށް އެ ހައްއގު އޮތްކަމަށް ރައީސް ޔާމީނަށް ވެސް ޕީޕީއެމަށް ވެސް ގަބޫލު ނުކުރެވޭތީއެވެ.

    2019 ވަނަ އަހަރު އދ ގެ އާއްމު މަޖިލީހުގައި ޗާގޯހުގެ ސިޔާދަތީ ބާރު މޮރިޝަންސްއަށް ދޭން ފެނޭތޯ ވޯޓު ނެގުމާ ހަމައަށް އައިރު 2018 ގެ ނޮވެންބަރުގައި ވެރިކަމަށް އައި އެމްޑީޕީއަށް ވަކި ގޮތަކަށް ވޯޓު ދިނުން ފިޔަވާ ކުރެވޭނެ ކަމެއް ނެތެވެ. އެހާ ހިސާބުގައި އެކަމަށް ކަމެއް ކުރެވުނީހީ ޔާމީނު ވެރިކަމުގައި މައްސަލަ ހުށަހަޅާ މަސައްކަތްތަކެއް ކޮށްފައި އޮތްނަމަތާއެވެ. ކުރެވެން އޮތް އިރުނުކޮށް ރާއްޖެ އޮތީ ހަނެވެ. ދުނިޔޭގެ ކޯޓުން އިޝްތިޝާރީ ލަފައެއް ހޯދާ އދ ޢާންމު މަޖިލީހުގެ ރުންހުން ހޯދި އިރުވެސް ރާއްޖެއިން ކުކުރާވެސް ނުލައެވެ. 

    އެހެން ކަމުން ޗާގޯސް ހޯދަން އެންމެ ފަހުން އެންމެ ބޮޑަށް ފުރުސަތު ލިބިވަޑައިގަތީ ރައީސް ޔާމީނަށެވެ. އެކަމަކު ޔާމީނު ސަރުކާރު ވެސް އޮތީ މޮރިޝަސްއަށް ޗާގޯހުގެ ސިޔާދާތީބާރު ދޭގޮތަށެވެ. އެކަން ކަށަވަރު ވަނީ ރައީސް ސޯލިހު ވެރިކަމުގައި 2019 ވަނަ އަހަރު އދ ގެ އާއްމު މަޖިލީހުގައި މޮރިޝަސް އާދެކޮޅަށް ރާއްޖޭން ވޯޓު ދިންދިނުން ރައީސް ޔާމީނު އިސްވެ ހުންނަވާ ޕީޕީއެމުން  ކުއްވެރި ކުރުމުންނެވެ. ޕީޕީއެމް ޔާމީނު ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭން ޗާގޯހުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް ދެކޮލު ހެދުމަކީ އެމްޑީޕީ ސަރުކާރުން އަޅުވެތިކަމަށް ދިން ހިއްވަރެއްގެ ގޮތުގައި ސިފަކުރާ ކަމަށެވެ. ޗާގޯހުގެ ސިޔާދަތީބަރު މޮރިޝަސްއަށް ދުނުމަށް ރާއްޖޭން ދެކޮޅުހަދާ އދ ގައި ވޯޓު ދިނުމުން 24 މޭ 2019 ގައި ޕީޕީއެމުން ނެރުނު ބަޔާނުގައި މޮރިޝަސްގެ ކިބައިން ރާއްޖޭން މާފަށް އެދެންވެސް ރައީސް ސޯލިހު ސަރުކާރަށް ގޮވާލާފައިވެއެވެ. 

    ފަހުން މުޅި ވާހަކަ އަނެއް ކޮޅަށް ޖައްސަވައިގެން ޔާމީނާއި މުއިއްޒު ދައްކަވާ ވާހަކައަކީ ޗާގޯސްގެ ސިޔާދަތީބާރު ލިބުމުން ފޯޅަވަހީ އަސްކަރީ ބޭހުން މޮރިޝަސްއަށް ލިބޭ ފައިސާގެ ދަހިވެތިކަމުގައި ދައްކަވާ ވާހަކައެކެވެ. ޖިއޮގްރަފީ ގޮތުންނާއި އެއްގޮތް ކަންތައްތަކެއް ހުރެފައި އިރެއްގައި ދިވެހިން ހިސާބަކަށް ގޮސް އުޅެފައި ހުއްޓަސް ޗާގޯހަކީ އެއްވެސް އިރަކު ރާއްޖޭގެ ބައެއް ކަމަކަށް ހުދު ޔާމީނާއި މުއިއްޒުވެސް ގަބޫލެއް ނުކުރައްވައެވެ.   

    ]]>
    Thu, 22 Jan 2026 18:15:13 +0500 މުއާޒު
    ފޭރުފަތަކީ ކުންޏެއް ނޫން & އަގުބޮޑު ޖަވާހިރެއް https://heerasnews.com/3816 https://heerasnews.com/3816 ކުނީގެ ގޮތުގައި އުކާލުން އާދަވެފައިވާ ފޭރުފަތަކީ ކިހާވަރެއްގެ ބޭނުންތެރި އެއްޗެއްކަން އެގެނަމަ ކުނީގެ ގޮތުގައި ފޭރުފަތް އުކައެއް ނުލާނެއެވެ. ސިއްހީ އެތައް ފައިދާއެއް ލިބޭ ފޭރުފަތަކީ ރަނގަޅު އާމްދަނީ ހޯދިދާނެ ބާވަތެކެވެ.

    ފޭރު ފަތަކީ ސިއްހީ ގޮތުން ގިނަގުނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ފޭރުފަތުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކޮށްދެއެވެ. ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް ބޭރަށް ހިންގުމުން ދުރުކޮށްދެއެވެ، ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ގެއްލުންދެނިވި ކޮލެސްޓްރޯލް ދަށްކުރެއެވެ. ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދެއެވެ.

    ބެކްޓީރިއާތަކާ ދެކޮޅަށް މަސައްކަތްކުރުމާއި ދުޅަވުން ކުޑަކޮށްދިނުމުގައި ފޭރުފަތުގެ ދައުރު ބޮޑެވެ. ފޭރުފަތުގައި އެންޓިއޮކްސިޑެންޓްސް އާއި ވިޓަމިން ސީ އިން މުއްސަނދިވެފައިވުމުގެ ސަބަބުން ހަންގަނޑާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

    ގަދީމީ ބޭސްވެރިކަމުގައި ފޭރުފަތް އާންމުކޮށް ބޭނުންކުރަނީ ސައިގެ ގޮތުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި މީގައި ހަކުރުބައްޔާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރާއި، ޖަރާސީމު ނައްތާލުމުގެ ބާރު އެކުލެވިގެންވެއެވެ.

    ފޭރުފަތުގެ ސިއްހީ މައިގަނޑު ފައިދާތައް:

    • ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުން: ފޭރުފަތް ބޭނުންކުރުމުން ލޭގައި ހަކުރުގެ މިންވަރު މައްޗަށް ދިއުން ހުއްޓުވައިދެއެވެ. ފޭރުފަތަކީ ހަކުރު ބަލި މެނޭޖްކުރުމުގައި ވަރަށް ބޮޑު އެހީއެކެވެ.
    • ހަޖަމުކުރުމުގެ ނިޒާމުގެ ދުޅަހެޔޮކަން: ފޭރުފަތުގައި ހިމެނޭ ޖަރާސީމާ ދެކޮޅު މާއްދާތަކުގެ ސަބަބުން ބަނޑުގައި ހުންނަ ނުރައްކާތެރި ބެކްޓީރިއާތަކާ ހަނގުރާމަކޮށް، ބޭރަށްހިންގުމާއި، ބަނޑުފުއްޕުން ފަދަ އުނދަގޫތަކުން ސަލާމަތްކޮށްދެއެވެ.
    • ހިތުގެ ދުޅަހެޔޮކަން: ފޭރުފަތުގައި ހިމެނޭ ފައިބަރާއި ޕޮޓޭސިއަމް އާއި އެންޓިއޮކްސިޑެންޓްތަކުގެ އެހީގައި ހަށިގަނޑަށް ގެއްލުންދޭ "އެލް.ޑީ.އެލް" ކޮލެސްޓްރޯލް ދަށްކޮށްދެއެވެ. ފައިދާހުރި "އެޗް.ޑީ.އެލް" ކޮލެސްޓްރޯލް އިތުރުކޮށްދެއެވެ. އަދި ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެއެވެ.
    • ދިފާއީ ނިޒާމު: ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓް ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، އެކި ބަލިތަކާއި އިންފެކްޝަންތަކުން ރައްކާތެރިކޮށްދެއެވެ.
    • ބަރުދަން މެނޭޖްކުރުން: ކާނާގައި ހިމެނޭ ކާބޯހައިޑްރޭޓްސް ހަކުރަށް ބަދަލުވާ މިންވަރު ލަސްކޮށްދީ، ގިނައިރު ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރުވައެވެ.
    • ހަންގަނޑާއި އިސްތަށިގަނޑު: ފޭރުފަތުގައިވާ ޖަރާސީމު ނައްތާލުމުގެ ބާރުގެ ސަބަބުން މޫނުގައި ބިހި ނެގުމާއި، ހަންފޮޅުމާއި، އިސްތަށި ފޭބުން ފަދަ ކަންކަމަށް ހައްލު ހޯދައިދެއެވެ. ބޮލުތެރޭގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
    • ދުޅަވުން ކުޑަކުރުން: މީގައި ހިމެނޭ "ކުއާސެޓިން" ފަދަ ފްލޭވޮނޮއިޑްސްގެ ސަބަބުން ހަށިގަނޑުގެ އެކި ގުނަވަންތައް ދުޅަވުން ކުޑަކޮށްދެއެވެ.

    ބޭނުންކުރާނެ ގޮތް:

    ފޭރުފަތު ސައި:

    • ތާޒާ ފޭރުފަތް ފެނުގެ ތެރެއަށް އަޅައިގެން ކައްކާލުމަށްފަހު، އެ ފެންގަނޑު ފުރާނާލައިގެން ސައިގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ. ހަމަ އެގޮތަށް ފޭރު ހިކިފަތްވެސް ފެނުގެ ތެރެއަށް އަޅައިގެން ކައްކާލުމަށްފަހު، އެ ފެންގަނޑު ފުރާނާލައިގެން ސައިގެ ގޮތުގައި ބޭނުން ކުރެވިދާނެއެވެ.
    • ފޭރުފަތް ހިއްކައިގެން ސައިފަތުގެ ގޮތުގައިވެސް ބޭނުންކުރެވިދާނެއެވެ. ތާޒާ ފޭރުފަތް ހިމުންކޮށްގެންނާއި ހިކިފަތް މުގުރައިގެން ޕައުޑަރ ގޮތުގައި ހޫނުފެނަށް އަޅައިގެން ސައިގެ ގޮތުގައިވެސް ބޭނުން ކުރެވޭނެއެވެ.                 
    ]]>
    Wed, 21 Jan 2026 13:39:50 +0500 މުއާޒު
    ރިބަވީ ނިޒާމުން އިގްތިސޯދަށް ވަނީ ކެންސަރު ޖެހިފަ https://heerasnews.com/3798 https://heerasnews.com/3798 އެމެރިކާގެ ދަރަނި 38 ޓްރިލިއަން ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. މިހާރު އެމެރިކާގެ މުޅި ޖުމްލަ ދަރަނި ހުރީ 38.02 ޓްރިލިއަން ޑޮލަރުގައެވެ. އެމެރިކާގެ ދަރަނި ބޮޑުވެ ސަރުކާރުގެ ބައެއް އިދާރާތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ. މާލީ ނިޒާމް ހަރުދަނާ ބިންގަލެއްގެ މަތީގައި ބޭއްވުމަށް އެމެރިކާ ސަރުކާރުން އެޅި ކުއްލި އަވަސް ފިޔަވަޅުތަކެއްގެ ސަބަބުން ހުސްވި އަހަރުގެ ދެވަނަ ކްއާޓަރގައި ބަޖެޓް ޑެފިސިޓް 468 ބިލިއަން ޑޮލަރަށް ވަނީ ތިރިކޮށްފައެވެ. 

    އެމެރިކާގެ މާލީ ނިޒާމު ހަރުދަނާ ބިންގަލެއްގެ މައްޗަށް ތިރިކޮށް އެމެރކާގެ އާމްދަނީ އިތުރުވެ، ސަރުކާރުގެ ހަރަދުތައް ކޮންޓްރޯލް ކުރިކުރިހެން ދުނިޔޭގެ އިގްތިސޯދަށް އަރާ ލޮޅުންވަނީ ބޮޑެވެ. އެމެރިކާއަށް ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމާއި، ހަރަދުތައް ކުޑަވުމާއި އަލަށް ތައާރަފުކުރި ޓެރިފްތަކުން އެގައުމަށް ލިބޭ އާމްދަނީގެ ނަތީޖާ ރަނގަޅު ވީވީހެން މުޅި ދުނިޔޭގެ އިގްތިސޯދަށް އަރާ ލޮޅުން ވަނީ ބޮޑެވެ. ޑޮލަރުގެ އަގު އުފުލި އެހެން ނޫނީ ކުރަންނުޖެހޭ އެތައް އިތުރު އެތައް ހޭދައެއް އެމެރިކާ ޑޮލަރަށް ބަރޯސާވެފައިވާ ގައުމުތަކަށް ވަނީ ކުރަންޖެހިފައެވެ. 

    ނަތީޖާއެއްގެ ގޮތުން އެމެރިކާ ޑޮލަރަށް ބަރޯސާވާ ގައުމުތަކުގެ އުފެއްދުންތެރިކަން ދަށްވެ ތަކެތީގެ އަގު އަތްނުފޯރާ ވަރަށް ބޮޑުވެގެން ދަނީއެވެ. އެމެރިކާގެ އިގުތިސޯދުގެ ހަކަތަ އިތުރުވަނީ އެހެން ގައުމު ތަކުގެ ދިޔަ ބޮއިގެންނެވެ، ދުނިޔޭގެ އިގުތިސޯދުގައި ދައުރުވާ އެމެރިކާ ޑޮލަރު މަދުވާވަރަކަށް އެހެން ގައުމުތަކުގެ ފައިސާގެ އަގުވެއްޓި ދަރަނީގެ ދަންތުރާގައި ޖެހެން މަޖުބޫރުވެއެވެ.  

    އެމެރިކާ އެހާލުގައި އޮތްއިރު ނުފޯރާފޮތިން ފޫގެޅުން އާދަވެފައިވާ ދިވެހި ރާއްޖެއަށް ޖެހޭނެ ހާލު ވިސްނާލާށެވެ. ‏އެއްވަޅުގަނޑަށް ފަސްއަޅަން އެއަށްވުރެ ފުންވަޅުގަނޑެއް ކޮނެގެން ނޫނީ ސަލާމަތެއް ނެތް ކަމަށް ގަބޫލުކުރެވި ދަރަނީގެ ދަންތުރައިގައި ޖެހި މިވަނީ ހަފުސް ވެފައެވެ. ދަރަނި އަދާކުރަން ބޮޑު އިންޓްރެސްޓެއްގައި ލޯނު ނަގައިގެން ސަލާމަތްވެދާނެ ކަމަށް ހީކުރުމަކީ ހާދަހާވާ މޮޔަކަމެކެވެ. ރިބަވީ ނިޒާމުގެ ދަށުވެ ގައުމުގެ އިގްތިސޯދަށް މިވަނީ ކެންސަރު ޖެހިފައެވެ.   

    ދަރަނީގެ ދަންތުރައިން ދިވެހި ރާއްޖެ ސަލާމަތް ކުރުމުގެ ގާބިލުކަމެއް ރައީސް މުއިއްޒުގެ ސަރުކާރުގައި ވެސް ނެތެވެ. ދަރަނި ދައްކަން އިތުރު ދަރަނި ނެގުން ނޫންކަމެއް ކުރަން އެނގޭ ބަޔަކަށް މިސަރުކާރު ނުވިއެވެ. ކޮރަޕްޝަނާއި އިސްރާފުގައި ހައްދު ފަަހަނައަޅާފައި ވާއިރު ސަރުކާރު ހިންގުމަށް ކުރާހޭދަ ދުވަހެއް ދުވަހަކަށް ކުރަނީ ބޮޑެވެ.  

    ]]>
    Wed, 21 Jan 2026 10:00:50 +0500 މުއާޒު
    ފުވައްމުލަކު ވައުދުނާމާ: ކޮށްދެވުނު ކަމެއް ހަރާމުން ހަރާން https://heerasnews.com/3815 https://heerasnews.com/3815 ރައީސް މުއިއްޒު ސަރުކާރުން މުޅި ގައުމަށް ނިސްބަތްކޮށް އޮބި ނޯންނަވަރުގެ ވައުދުތައް ވެފައިވެއެވެ. ވަކިވަކި ސަރަހައްދު ތަކަށް ފިއްކަނޑައިގެން ދާވަރުގެ ވައުދުތައް ވިއެވެ. އަތޮޅުތަކާއި ސިޓީތަކާއި ރަށްރަށަށް ވެސް އެތައް ވައުދެއް ވެފައިވެއެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް ވައުދު ފަށްފަށް ކުރަމުން އައުވައުދުވެއެވެ. 

    ފުވައްމުލަކު ސިޓީ ވެސް އެކަމުން ހުސްވެގެން ނުވެއެވެ. ފުވައްމުލަކަށް ކޮށްދޭން ވައުދުވެފައިވާ ކަންކަމުގެ ވައުދު ލިސްޓުން ހަބަރެއް ހިލަމެއް ނުވެ ދެއަހަރު ވެގެން ދިޔަ ކަންކަމުގެ ހަނދާން އައުކޮށްލަމާހެއްޔެވެ.

    • މާލޭ ރަސްފަންނު ފަދަ ރީތި އާޓިފިޝަލް ބީޗެއް ހަދާދޭން ވީ ވައުދު ވީތަނެއްވެސް ނޭގެއެވެ. އެނގޭ ކަމަކީ އެއްވެސް އަމަލީ މަސައްކަތެއް އަދި ނުފެށޭކަމެވެ.
    • ފުވައްމުލަކު ރައްޔިތުން ބޭނުންވާ ގޮތަށް ޒަމާނީ ފެންވަރަށް ބަނދަރު ބޮޑުކުރުމަށް ވެސް ވައުދުވިއެވެ. އަދި އަދަށްވެސް ކުރި ކަމެއް ކުރާ ކަމެއް ނެތެވެ.
    • ފުވައްމުލަކު ސިޓީގައި ބިނާކޮށްދޭން ވައުދުވީ އެންމެ މިޒަމާނުގެ ދަނާލު ވައުދު އޮތީ ވީގޮތަށެވެ. ދަނާލު ބިނާކުރުމަށް އިނގިއްޔެއް ވެސް ހަލުވާލި ކަން ދެނަހުރި މީހަކު ނެތެވެ.
    • ފުވައްމުލަކު ސިޓީގައި ގައުމީ ފެންވަރުގެ ލައިބްރަރީއެއް ގާއިމުކުރުމަށް ވެސް ވައުދުވިއެވެ. ބިނާކޮށްދޭން ވައުދުވީ އެ ބުނާ ލައިބްރަރީ ހުރީ ކޮންތާކު ކިހިނެއްކަން އެނގޭ މަހުލޫގެއް އުޑުބަޅުކުރެއްވި ހިސާބުގައި ހުރިކަމަކަށް ނުވެއެވެ.
    • ފުވައްމުލަކު އެއާރޕޯޓުގެ ރަންވޭ ދިގުކުރުމުގެ ވައުދުވެސް އޮތީ ވާނުވާގައެވެ. ކުރިކަމެއް ކުރާކަމެއް ހަރާމުން ހަރާމެވެ.
    • ފުވައްމުލަކު އެއާރޕޯޓުގެ ވަސީލަތްތައް ތަރައްގީކޮށް ހިދުމަތް ރަނގަޅުކުރުމު ވައުދު ވެސް ފުއްދެނީއެއް ނޫނެވެ. މިސަރުކާރު އައިރު އޮތް ހާލަތަށްވުރެ އެންމެ ކަމެއްވެސް ހުސްވި ދެއަހަރު ތެރޭގައި ރަގަޅު ކޮށްފައެއް ނުވެއެވެ.
    • ފުވައްމުލަކު ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކޮށްފައި ހުރީ ބިމު އަޑީގައި ނޫންކަމެއް ނޭނގެއެވެ. ހަމަ ގައިމުވެސް ފުވައްމުލަކު ފަސް މައްޗަކު ޓާޝަރީ ހޮސްޕިޓަލެއް އަދި ނެތެވެ. ހޮސްޕިޓަލް ޓާޝަރީ ކުރަން ކުރި އެއްކަމެއް ރައްޔިތުންނަކަށް ފެންނާކަށް ވެސް ނެތެވެ.
    • މާބަނޑު މީހުންނާއި ކުޑަކުދިނަށް ހާއްސަކޮށްގެން ފުވައްމުލަކުގައި ހޮސްޕިޓަލެއް ގާއިމުކުރަންވެސް ވައުދުވިއެވެ. ދެއަހަރު ވެރިކަމަށް ވެގެން ދިޔައިރު އެ ބުނި ހޮސްޕިޓަލެއް ގާއިމުކުރަން ކަމެއް ނުކުރާކަމީ ފެންނަން އޮތް ހަގީގަތެެކެވެ.
    • ފުވައްމުލަކަށް ހާއްސަކޮށްގެން އިކޯ ޓޫރިޒަމް ތައާރަފުކުރުމަށް ވީ ވައުދުގެ އަސަރެއް ވެސް ނުފެނެއެވެ. ތައާރަފް ކުރަންބުނި ފުވައްމުލަކު އީކޯ ޓޫރިޒަމް ތައާރަފްކުރުން އޮތްގޮތަކާއ އޮތް ހިސާބެއް ހަމަ ނޭނގެއެވެ.
    • ފުވައްމުލަކުގައި ހިންގަން ވައުދުވީ ސިޓީ ހޮޓާ މަޝްރޫއު ހިންގާތީއެއް އަދި ހިންގަން އުޅޭތަނެއް ވެސް ނުފެނެއެވެ. ފުވައްމުލަކު ސިޓީ ހޮޓާ ބިނާކުރަނީ ޖައްވުގައި ނޫންކަމެއް ވެސް ނޭނގެއެވެ.
    • ވަގުފް ބިނާއެއް ހަދައި ފުވައްމުލަކު ސިޓީގައި ހުރި ސަރުކާރުގެ އޮފީސްތައް އެއް ފުރާޅަކަށް ބަދަލު ކުރުމަށް ވީވައުދުގެ ހިލަންވެސް ނުވެއެވެ.
    • އިންޑޯ އައުޓު ޑޯ ކުޅިވަރުތަކާއެކު ފުވައްމުލަކު ސިޓީގައި ކުޅިވަރު ކޮމްޕްލެކްސްއެއް ހެދުމަށްވީ ވައުދު ހުދުކާފޫރަށް ވީތާއެވެ.
    • ބޯހިޔާ ވަހިކަން ހައްލުކޮށް ދިނުމަށް ފުވައްމުލަކުގައި ހިންގަން ބުނި ހައުސިން މަޝްރޫއު ވަނީ ބޯމަތިން ގޮސްފައެވެ.
    • ޑައިވަރުންނަށް ހާއްސަކޮށްގެން ފުވައްމުލަކު ސިޓީގައި ގާއިމުކޮށްދޭން ވައުދުވީ ޑިކޯ ޗެމްބަރ ހުވަފެން ވެސް ވެގެން ގޮސްފައިވަނީ ބިލާހަކަށެވެ.

    ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އަނެއްކާވެސް ވައުދު އައުކުރަން ދެން ނުހަދާށެވެ، ވެރިކަމާއި މަޖިލސް މުއިއްޒަށް ދީގެން ރައްޔިތުން ބިކާރީވުން ނޫނީ ވީކަމެއް ނެތެވެ. ކައުންސިލް ދިނަސް އެނޫން ވަރެއް ނުވާނެއެވެ. މި ފަހަރު ސަރުކާރަށް ކައުންސިލް ދިނުމަކީ ރައްޔިތުންނަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ.

    ]]>
    Tue, 20 Jan 2026 15:00:26 +0500 މުއާޒު
    ފުރަތަމަ ސްޕީޗުން ވެސް މޫސާ ޖަލީލް ފޭލިވެއްޖެ https://heerasnews.com/3813 https://heerasnews.com/3813 މުއިއްޒަކީ މޭޔަރަކަށް ވީ ދުވަހުން ފެށިގެން ޕީޕީއެމް ޕީއެންސީމެމްބަރުންނަށް އޮޅުވާލައިގެން، ދޮގާއި މަކަރުން ވެރިކަމަށް ތައްޔާރުވި މީހެކެވެ.  ކުރީގެ މޭޔަރ ޝިފާއަށް މެރިންޑްރައިވްގައި ހުރި ޕެޓްރޯލް ޝެޑެށް ނުނެގިގެން ފުރައްސާރަ ކުރި މީހެކެވެ. 

    މުއިއްޒަކީ ލޯކަލް މާރުކޭޓާއި މަސްމާރުކޭޓު ޒަމާނީ ފެންވަރަކަށް ހަދާދޭނެ ކަމުގެ ވަައުދާއި އެކު މޭޔަރު ކަމަށް އައި މީހެކެވެ. މާލޭގެ ޕާކިންގ އާއި ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން އައި މީހެކެވެ.  އެކަމަކު އަދިވެސް ކަންކަން ހުރީ އިހު ހުރި ގޮތަށެވެ.

    މުއިއްޒަކީ ޕާކިން ޒޯނުތައް ބައި އެޅޭ ގޮތަށް ވިއްކި ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. މާލޭގެ މުހިންމު ބިންތައް އަމިއްލަ މަންފާއަށް ވިއްކި ކަމުގެ ތުހުމަތު އިންތިހާއަށް ކުރެވޭ މީހެކެވެ. އައުސަހަރާ މިސްކިތް ތަޅާލާ ރިޔާސީ ކެންޕޭނަށް އެޕްރޮޖެކްޓް ފުޅިއްސާލުމުގެ ތުހުމަތު އޮތް މީހެކެވެ. 

    މޫސާ އަލީ ޖަލީލަކީ އަސްކަރީ ގޮތުން ކުޅަދާނަ މީހެކެވެ. ސިޔާސީ ގޮތުން އެއްވެސް ހުނަރެއް ތަޖުރިބާއެއް ނެތް މީހެކެވެ. 

    މުއިއްޒު ހިނގި މަގުން މޫސާ ޖަލީލް ހިނގާނަމަ މާލޭ ރައްޔިތުންނަށް ވާނެ ގެއްލުން ވަޒަން ކުރަން ވެސް ނޭގެޢެވެ.  މުއިއްޒު ހިނގި މަގުން ހިގާނެ ކަމަށް ޖަލީލު ބުނި ބުނުން މުޅިއުމުރުގައި  ކުރި އަސްކަރީ ހިދުމަތަށް ވެސް ހުތުރެވެ.

    މޭޔަރ ކަމަކީ ކުރުނީސްކޮށް ޔޭސް ސަރ ކިޔަން ޖެހޭ މަގާމެއް ނުނެވެ. އެތަނުގައި ހިދުމަތް ކުރަންޖެހޭނީ ސިވިލއަނުންނަށެވެ. ފުރަތަމަ ސްޕީޗުންވެސް ފެނިގެންދިޔައިީ މުއިއްޒުގެ ކުރިމަތި  ބޯ ގުދުކޮށް ކުރުނީސްކުރާ އަޅެކެވެ.  މޫސާ ޖަލީލުގެ ފުރަތަމަ ޕަބްލިކް ސްޕީޗުންވެސް ފެއިލް ވެއްޖެއެވެ.

    ]]>
    Mon, 19 Jan 2026 17:35:00 +0500 މުއާޒު
    މަސައްކަތް ކުރަނީ އެހެން މީހުން ބަލިކުރާކަށްނޫން: އާދަމް އާޒިމް https://heerasnews.com/3811 https://heerasnews.com/3811 ކާމިޔާބު ކުރުމަށް މަސައްކަތް ނުކޮށް އެއްވެސް ކަމެއް ކާމިޔާބު ނުވާނެކަމީ އާދަމް އާޒިމް ގަބޫލު ކުރައްވާ ހަގީގަތެކެވެ.  ވާނީ މަސައްކަތް ކުރީމަޔޭ ކާމިޔާބުވާނީ. އެހެން ކަމުން އާދަމް އާޒިމުގެ މުޅި ހަޔާތުގައިވެސް ކަންކަން ކާމިޔާބު ކުރެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައެވެ.

    އާދަމް އާޒިމް ވިދާޅުވާ ގޮތުގައި އެހެން މީހަކު ބަލިކުރައްވާކަށް އާދަމް އާޒިމް މަސައްކަތެއް ނުކުރައްވައެވެ. އާދަމް މަސައްކަތް ކުރައްވަނީ ކުރައްވާކަމެއް ކާމިޔާބު ކުރެއްވުމަށެވެ. އާދަމް އާޒިމް މިސާލު ނަންގަވަނީ ކުރީގެ މަޝްހޫރު ފުޓްބޯޅަކޯޗް އަބްދުލްޖަލީލް (އަބުޖީ)ގެ ބަސްފުޅަކުންނެވެ.

    ކޯޗް އަބްޖީ ވިދާޅުވެފައިވާ މިސާލީ ވާހަކަ ކޮޅެއް ގޮތުގައި އާޒިމް މިސާލު ނަންގަވާ ވާހަކަ ކޮޅެއްގެ ގޮތުގައި ފާހަގަ ކުރައްވަނީ  ދަނޑަށް އަރާނީ ގޯލް ޖަހަން ކަމަށެވެ. ގޯލްޖެހޭނީ ގޯލް ޖަހަން އުޅޭ ބަޔަކަށް ކަމަށެވެ. ކަށިމަތީ ޖަހަން އުޅޭ ބަޔަކަށް ޖެހޭނީ ކަށިމަތީގައި ކަމަށެވެ. އާދަމް އާޒިމް ކުރައްވާ ކަންކަމުގައި ކުރިއަށް ވަޑައިގަންނަވަނީ ކޯޗް އަބުޖީގެ އެ އަގުހުރި ބަސްފުޅުން ހިތްވަރު ހޯދަވައިގެންނެވެ. 

    އެއްވެސް ކަމެއްގައި އަމިއްލައަށް ގޯސްކަމެއް ނުކުރާ ހިނދެއްގައި އެކަމަކާ ކަންބޮޑުވާން ނުޖެހޭނެ ކަމަށް ގަބޫލުކުރައްވާ އާދަމް އާޒިމް ކަންކަން ކުރެއްވުމުގައި އަމާޒު ހިއްޕަވަނީ ކުރައްވާ ކަމެއް ކާމިޔާބު ކުރެއްވުމަށެވެ. އަމްދުން މިޒަމާނަކީ އެކަކު އަނެކަކު އަބުރުކަތިލާ މަހާ ކައްޓާވެސް ކާ ޒަމާނަކަށް ވާއިރު އެކަންކަމައިގެން އުޅުއްވައިގެން ކުރައްވާ ކަމެއް ކާމިޔާބުނުވާނެ ކަމަށް އާދަމް އާޒިމް ގަބޫލު ކުރައްވައެވެ. ކޮންމެ މީހަކީވެސް މީޑިއާ މީހަކަށްވާ ޒަމާނެއްގައި އަބަދުވެސް ވިސްނަންޖެހޭނީ ގޯސްކަމެއް ނުކުރުމަށް ކަމަށް އާޒިމް ދެކެވަޑައި ގަނެއެވެ. ގޯސްކޮށް ކަމެއް ނުކުރާހާ ހިނދަކު ކަންބޮޑުވާ ނުޖެހޭނެކަމަށް އާދަމް އާޒިމް ދެކިވަޑައިގަންނަވައެވެ. 

    މާލޭ ސިޓީ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓް ހާސިލު ކުރެއްވުމާއި ގުޅިގެން އާދަމް އާޒިމް ގަބޫލު ކުރައްވަނީ އެމްޑީޕީގެ މެންބަރުންނަކީ ވަރަށް ބޮޑަށް ހަމައާއި އުސޫލު ގަބޫލުކުރާ ބައެއްކަމުގައި ވުމުން ލިބިވަޑައިގެން ކާމިޔާބެއް ކަމަށެވެ. އާދަމް އާޒިމް އެމްޑީޕީއަށް ފުރަތަމަ ސޮއި ކުރެއްވި ދުވަހުން ފެށިގެން މިހާތަނަށް ވެސް ވަރަށް ގާތްކޮށް އެމްޑީޕީ މެންބަރުން އާދަމް އާޒިމާ ދޭތެރޭގައި ދެކޭތީ ލިބިވަޑައިގެން ކާމިޔާބެއް ކަމަށް މޭޔަރ އާޒިމް ދެކެވަޑައިގަންނަވައެވެ. 

    ]]>
    Mon, 19 Jan 2026 12:30:46 +0500 މުއާޒު
    މާލެ ސަރަހައްދުން ގެދޮރުވެރިކަމަށް އަލުން ހުޅުވާލުމަކީ އަނިޔާއެއް https://heerasnews.com/3810 https://heerasnews.com/3810 ގެދޮރުވެރިޔާ ސްކީމް ގެ ދަށުން އެތައް ބަޔަކަށް ފްލެޓް ހައްގުވާކަމަށް ސަރުކާރުން ކަނޑައަޅާ ވަނީ ގެޒުޓް ކޮށްފައެވެ. ފްލެޓް ހައްގުވާ ކަމަށް ކަނޑައަޅާ ގެޒެޓް ކުރި މީހުންގެ ތެރެއިން ފްލެޓް ލިބުނީ 4000 މީހުންނަށެވެ. ބިންވެރިޔާ ސްކީމުން 9000 މީހުނަށް ބިން ހައްގުވާ ކަމަށް ކަނޑައަޅާ ގޯތިދޭންވަނީ ނިންމާފައެވެ. 

    ހަމައެހެން ގޯއްޗާ ފްލެޓް ދިނުމުގެ ދެވަނަ ބުރެއް އިއުލާނުކޮށް އުތުރު ތިލަފަޅުން ގޯތި ދޭން ސަރުކާރުން ނިންމިއެވެ. ދެވަނަ ބުރުގައި ގޯއްޗާއި ފުލެޓަށް އެދުނު މީހުންގެ ނަންތަކާއި ގޯއްޗާއި ފުލެޓު ހައްގު މީހުންވެސް އާއްމުކޮށް ވަނީ އިއުލާނުކޮށްފައެވެ. 

    ބުނެވި ދިޔަ ހުރިހާ ނިންމުމަކީވެސް ދިވެހި ސަރުކާރުގެ ނިންމުމެވެ. އެއްޔަކީ އިބްރާހީމް މުހައްމަދު ސޯލިހު ނުވަތަ އެމްޑީޕީގެ އަމިއްލަ ނިންމުން ތަކެއް ނޫނެވެ. ވެރިކަން ކުރާ މީހާ އާއި ޓީމު ބަދަލުވުމަކީ ކުރިން ވެރިކަމުގައި ތިބި ބަޔަކު ނިންމުން ބަދަލު ވާންޖެހޭ ސަބަބެއް ނޫނެވެ.  

    ކުރީގައި ވެރިކަން ކުރިބަޔަކު ނިންމާފައިވާ ނިންމުމެއްގެ ސަބަބުން އެއްވެސް ފަރާތެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިވާކަން ޝަރުއީ ހުކުމަކުން ކަނޑަނާޅާހާ ހިނދަކު އެ އެއްވެސް ނިންމުމަކަށް ފަހުން އަންނަ ބަޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. ރައްޔިތުންގެ ތެރެއިން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ކުރިން އޮތްގޮތްނޫން އެހެންގޮތަކަށް ބަދަލުކުރުމުގެ ބާރު ވެރިކަމަށް އަންނަ ބަޔަކަށް ލިބިގެނެއް ނުވެއެވެ. 

    ކުރީ ސަރުކާރުން ކުރި އިއުލާނަށް ގޯތި ގެދޮރަށް އެދި އެތައް ބަޔަކު ވަނީ ސަރުކާރަށް ހުށަހަޅާފައެވެ. އެ ހުށަހެޅުން ގަބޫލުކޮށް ބަލަންޖެހޭ ބެލުންތައް ބަލާ ގޯތި ހައްގު އެތައް ބަޔަކު ސަރުކާރުންވަނީ ކަނޑައަޅާފައެވެ. އެހެން އެކަން އޮއްވާ އަނެއްކާވެސް ގޯއްޗާ ފްލެޓަށް ހުޅުވާލައިގެން އަނެއްކާވެސް ގޯއްޗާއި ފްލެޓަށް އެދެން ޖެއްސުމަކީ ރައްޔިތުންނަށް ކުޑައިމީސްކުރުމެވެ. 

    ގޯތި ގެދޮރަށް އެދި ފޯމްލާން ހުޅުވާލަން މިހާރު ޖެހޭނީ ކުރިން ގޯއްޗާއި ފުލެޓަށް އެދެން ކުރިން ފުރުސަތު ނުލިބުނު މީހުނަށް އެކަންޏެވެ. ކުރިން ގޯއްޗާއި ފުލެޓަށް އެދުނު މީހުންގެ ތެރޭގައި ހިމެނޭ އެންމެނަށް ގުރުއަތުން ޒުރޫރަތްތެރިކަމުގެ ތަރުތީބުން ގޯއްޗާއި ފްލެތް ޖެހޭނީ ހަވާލުކުރަމުން ދާށެވެ. ފްލެޓާއި ގޯތި ދިނުމުގައި ކުރިން ކަމެއް ގޯސްކޮށް ހިނގާފައި އޮތިއްޔާ އެ މައްސަލައެއް ބަލާ ފިޔަވަޅު އަޅަމުން ދިޔައިމާ ނިމުނީއެވެ. ފިޔަވަޅު އަޅަން ޖެހޭނީ ގޯސްކޮށް ހުންނަ ކަންކަމަށް އެކަންޏެވެ. މުޅި ސްކީމް ހުއްޓާލާ އަލުން ބަލުން ފެށުމަކީ އިންސާފެއް ނޫނެވެ. އެއީ އޮޅުވާލުމެކެވެ. އަނިޔާއެކެވެ. ގާނުނާ ހިލާފު ޖަރީމާއެކެވެ. 

    ]]>
    Sun, 18 Jan 2026 18:08:57 +0500 މުއާޒު
    ރައީސް ސޯލިހު މޭޔަރ އާޒިމަށް ނަސޭހަތްތެރިވެ ވަޑައިގެންފި https://heerasnews.com/3808 https://heerasnews.com/3808 އެމްޑީޕީގެ މުސްތަޝާރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މޭޔަރ އާދަމް އާޒިމް އިއްޔެ ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ. 

    މޭޔަރ އާދަމް އާޒިމަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބުވެ ވަޑައިގަތުމުން ރައީސް ސޯލިހު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ، އާދަމް އާޒިމަކީ ހެޔޮ ބަސް އަޑު އައްސަވާ ގަބޫލުކުރައްވާ ބޭފުޅެކެވެ. 

    އާދަމް އާޒިމް ހޯއްދެވި ކާމިޔާބީ ރައީސް ސޯލިހު ދެކިވަޑައިގަތީ މާލޭ މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގެ ރައްޔިތުންނަށް އާދަމް ކޮށްދެއްވި ހިދުމަތްތައް އެމްޑީޕީގެ މެންބަރުން ބަލައިގަތްކަމެއްގެ ގޮތުގައެވެ.

    ކެމްޕެއިން ތެރޭގަ ވަރަށް ގިނަ މާލޭގެ މެންބަރުންނާ ބައްދަލުވެ ވަޑައިގެންފައިވާނެ ކަމަށް ވިދާޅުވެ ރައީސް ސޯލިހު ވިދާޅުވީ މާލޭގެ  އެ މީހުންގެ އިހުސާސްތަކާއި އެ މީހުން އެދޭ ގޮތްތައް ވެސް ވަނީ އަޑު އިވި ވަޑައިގންފައިވާނެ ކަމަށެވެ.

    މާތް އަމުރާއި އިރާދަފުޅާއެކު އަލުން މޭޔަރު ކަމަށް ހޮވިވަޑައިގެންފިނަމަ އެ އިހުސާސްތަކާ އެ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެންނެވުމަށް މަސައްކަތް ކުރައްވަން މޭޔަރ އާޒިމަށް ރައީސް ސޯލިހު ނަސޭހަތްތެރިވެ ވަޑައިގަތެވެ. 

    ]]>
    Sat, 17 Jan 2026 13:10:10 +0500 މުއާޒު
    އެމްޑީޕީގެ ޕްރައިމަރީގައި ރޫޅާލަން ޖާގައެއް ނުދިން! https://heerasnews.com/3809 https://heerasnews.com/3809 މާލެ ސިޓީ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓްގައި ނެރޭނެ މީހަކު ނިންމަން ބޭއްވި ޕްރައިމަރީން ގިނަ ކަންތައްތަކެއް ސާފުވެގެން ހިނގައްޖެއެވެ. އެތައް ގޮތަކުން އެމްޑީޕީގެ ޕްރައިމަރީ ވެގެން ދިޔައީ އެމްޑީޕީއަށް ވަރަށް ބޮޑު ކާމިޔާބަަކަށެވެ.

    އެމްޑީޕީގެ މުޅި ތާރީހުގައިވެސް ނުފޫޒެއް ނެތި އަމާންކަމާ އޮމާން ކަމާއެކު ދެފުށް ފެންނަ ގޮތަށް ބޭއްވުނު އެންމެ ފުރިހަމަ އިންތިހާބު ކަމުގައި މިފަހަރުގެ ޕްރައިމަރީ ވެގެން ދިޔަ ދިޔުމަކީ އެންމެ ބޮޑު އެއް ކާމިޔާބެވެ. ޝަކުވާ އުފެދޭޒާތުގެ އެއްވެސް ކަމެއް ނުހިނގާ މުޅި އިންތިހާބު ނިމިގެން ދިޔަ ދިޔުމަކީ ލިބުނު ބޮޑު މޮޅެކެވެ. 

    އިއްޔެ ނިމިގެން ދިޔަ ޕްރައިމަރީން ފެނިގެން ދިޔައީ ތެދުވެރިކަމާއި، އަހުލާގީ މިންގަނޑުތަކާއި، ހަމަޔާ އުސޫލު ހިފެހެއްޓުމަށް އެމްޑީޕީގެ ގިނަ މެންބަރުން ލޯބިކުރާކަމެވެ. މީހަކު އިހުލާސްތެރިކަމާއެކު ކުރާ ހިދުމަތުގެ އަގު ވަޒަން ކުރަން އެމްޑީޕީ ދަންނަކަމެވެ.

    ހަމަ އެހެން އެމްޑީޕީ މެންބަރުން ތިބެނީ ވަކި މީހެއްގެ ވަށައިގެން މުގޯލި އަޅައަޅާ ނޫންކަން ދައްކާ ދީފިއެވެ. ޕާޓީއާއެކު ތެދުވެރިކަމާ އިހުލާސްތެރި ކަމާއެކު މަސައްކަތްކޮށް ނަތިޖާ ނެރެދޭ ލީޑަރުން ދޫކޮށްނުލާނެކަން ސާބިތުކޮށްދީފިއެވެ.

    ކުރިން ކިތަންމެ ބޮޑު ހިދުމަތްތެރިއަކަސް ޕާޓީއަށް ކުޑައި މީސްކޮށްފި ނަމަ އިތުބާރު ހޯދަން ގުރުބާނީތަކެއް ވާންޖެހޭނެކަމުގެ އިހުސާސް ކޮށްދީފިއެވެ. ޕާޓީއަށް އިހާނެތިކޮށް ހިތާކޮންމެ މީހަކުވެސް އިސްލާހުވެ ހަމަ މަގަށް އެނބުރި އައުމަށް އެމްޑީޕީގައި ޖާގަ އޮތްކަމާއި އިސްލާހުގެ މަގަށް ރުޖޫއަވެއްޖެކަން މެންބަރުންނަށް ކަށަވަރު ކޮށްދޭން ޖެހޭކަން ބުނެދީފިއެވެ. ޖަޒްބާތުގައި ބަޔަކު ދައްކާހާ ވާހަކައަކަށް ހެއްލި ގެއްލޭ ބަޔަކަށް އެމްޑީޕީ ނުވާނެކަން ކަށަވަރުކޮށް ދީފިއެވެ. 

    އެމް.ޑީ.ޕީގެ ލޮބުވެތި މެންބަރުން ވަނީ ނިމިދިޔަ ޕްރައިމަރީއަކީ ވަރުގަދަ މުސްތަގުބަލަކަށްޓަކައި ލިބިގެންދިޔަ އާ އުންމީދަކަށް ހަދާދީފައެވެ. ނިމިދިޔަ ޕްރައިމަރީގައި އެމްޑީޕީ މެންބަރުން އެންމެ ސާފުކޮށް ބުނީ ރޫޅާލަން ޖާގަދެވެން ނެތް ކަމަށެވެ.

    ]]>
    Sat, 17 Jan 2026 11:54:25 +0500 މުއާޒު
    ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުންނަށް ޝާހިދު މަރުހަބާ ވިދާޅުވެއްޖެ! https://heerasnews.com/3807 https://heerasnews.com/3807 މިއަދު،  ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބު 2026 އާއި ޑަބްލިޔު.ޑީ.ސީ ގެ ޕްރައިމަރީގައި ވާދަކޮށް ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

    ޝާހިދު ވިދާޅުވީ  މި އިންތިޚާބުގައި އެމްޑީޕީގެ ރޫޙުގައި ޖޯޝާއި ފޯރިއާއި އެކު ވާދަކުރެއްވި އެންމެހާކެންޑިޑޭޓުން ދެއްކެވި ޑިމޮކްރަސީގެ ރީތި ނަމޫނާއަށް ޝުކުރު ދަންނަވާ ކަމަށެވެ.

    ދެން އޮތީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުނާއި އެކު އެންމެންއެކުގައި މަސައްކަތްކޮށް، މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ނިކުމެ، މިއަދުގެ ސަރުކާރަށް ބޮޑު ތަނުން ނޫނެކޭ ބުނުން. ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ޕްރައިމަރީ އޮމާންކަމާއެކު ކުރިއަށް ގެންދެވުމުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ ޓީމުތަކުން ދެއްކެވި ރީތި ނަމޫނާއަށް ޝުކުރު އަދާކުރައްވަމުން ޕާޓީގެ ވަގުތީ ޗެއާޕަރސަން ‎ އާއި އިންތިޚާބާއި ބެހޭ ކޮމިޓީގެ މެމްބަރުންނާއި، ސެކްރެޓޭރިއެޓްގެ މުވައްޒަފުންނަށް ޝުކުރުދެންނެވިއެވެ.

    މީގެ އިތުރުން ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި ގިނަ އަދަދެއްގެ ވޮލަންޓިއަރުން ކުރެއްވި އަގުހުރި މަސައްކަތަށް ފަށް ފަށުން ޝުކުރު އަދާކުރެއްވިއެވެ.

    ]]>
    Fri, 16 Jan 2026 23:28:58 +0500 މުއާޒު
    މަރުހަބާ! އާދަމް އާޒިމް https://heerasnews.com/3806 https://heerasnews.com/3806 ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރެއްވުމަށް އެމްޑީޕީގެ  ޓިކެޓް މިހާރުގެ މޭޔަރު އާދަމް އާޒިމް  ކަށަވަރު ކުރައްވައިފިއެވެ. 

    މިއަދު ނެގި ވޯޓުން މިހާތަނަށް ގުނި މަދު ފޮށްޓެއް ނޫނީ ހުރިހާ ފޮއްޓެ އްހެން ކާމިޔާބު ކުރެއްވީ އާދަމް އާޒިމް އެވެ. 

    އާދަމް އާޒިމް އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމާ ވާދަ ކުރައްވައިގެނެވެ. ހުރިހާ ފޮށި ގުނާ ނިމޭއިރު ޖުމްލަ ސައްހަ ވޯޓުގެ %60 އަށް ވުރެ މަތީން އާދަމް އާޒިމް  ވޯޓް ހޯއްދަވާނެ ކަމަށް ބެލެވެއެވެ.

    އާދަމް އާޒިމަކީ އެމްޑީޕީގެ މާލެ ދާއިރާގެ  މިހާރުގެ ރައީސްއެވެ. އަނެއްކޮޅުން އާދަމް އަޒިމަކީ  މާލެ ސިޓީގެ މިހާރުގެ މޭޔަރެވެ.

    އާދަމް އާޒިމަކީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އާޒިމާ ޝަކޫރު ބަލިކުރައްވާ 2024ގައި އޮތް ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ހިދުމަތްތެރި މޭޔަރެވެ. 

    ]]>
    Fri, 16 Jan 2026 23:01:13 +0500 މުއާޒު
    ކައުންސިލްތަކުގެ ބޭނުމެއް ބާރެއް މިއަދަކު ނެތް https://heerasnews.com/3804 https://heerasnews.com/3804 ކައުންސިލުގެ ހުއްދައާއި ނުލާ މަޝްރޫއުތައް ހިންގޭ އިސްލާހެއް މުއިއްޒުގެ މަޖިލިހުން 27 ނޮވެމްބަރ 2025 ގައި ވަނީ ފާސްކޮށްފައެވެ. މި ކަމުން ބުނެދެނީ ސަރުކާރުން ހިންގަން ބޭނުން އެއްވެސް ޕްރޮޖެކްޓެއް ހިންގަން ކައުންސިލްއާއި މަޝްވަރާއެއްކޮށްލާން ވެސް ނުޖެހޭނެކަމެވެ. ނަމަވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނާއި ސަރުކާރުގެ އެތެރޭގެ އިންތިޒާމުތަކުގެ ދޯދިޔާކަމުން އަތޮޅު ތެރޭގައި ހިންގަން ފަށާފައިވާ ގިނަ މަޝްރޫއުތަކެއް ވަނީ ފަސްކުރެވިފައެވެ. މަޑުޖެހިފައެވެ. ހުއްޓިފައެވެ. 

    ޕީއެންސީގެ އޮފީސް ހުޅުވި ރަސްމިއްޔާތުގައި 8 ޖެނުއަރީ 2026ގައި ރައީސް މުއިއްޒު ވިދާޅުވި ބަސްކޮޅެއް ހިއްސާ ކޮށްލަން ޖެހެއެވެ. “… ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައި ނުގަނެވިގެން އުޅެނީ ބިން ހަވާލުނުކޮށްގެން…”ކަމަށް ވަނީ ވިދާޅުވެފައެވެ. މުއިއްޒުގެ ހަނދުމަފުޅުގައި ނެތުނީ އެމަނިކުފާނުގެ ސީދާ ލަފައާއި އިރުޝާދުގެ ދަށުން ފާސްކުރި އިސްލާހުން ކައުންސިލުން ބިމެއް ނުދެއްކިއަސް ބިން ހޯދައިގެން މަޝްރޫއުތައް ހިންގޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅާ ފާސްކޮށްފައިވާ ކަމެވެ.

    އާންމު ހަމައިން ލޯކަލް ކައުންސިލްގެ އިންތިހާބުތަކުގައި ގާތްގަނޑަކަށް ކޮންމެ ރަށަކުންވެސް ބަލަނީ އެ ރަށަކަށް އެންމެ ނަފާ ހުރި ގޮތެކެވެ. އެ މަގުސަދަށް ކައުންސިލްތަކަށް މީހުން ހޮވައެވެ. ޕީއެންސީ އޮފީސް ހުޅުވިރޭ މުއިއްޒު ވިދާޅުވި އަނެއް ވާހަކައަކީ “ ކައުންސިލުތަކުގައި މެމްބަރުން ތިބެނީ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް ނޫން” ކަމަށެވެ. ބަހުގެ މާނަ ވަރަށް ސާފެވެ. ސަރުކާރުން ކުރާ ކަމަކަށް ޗުއްޕުވެސް ނުބުނެވޭނެކަމެވެ. މަޝްރޫއެއް ކުރިއަށް ނުދާ ސަބަބެއް ނުބެލޭނެކަމެވެ. ސަރުކާރުން ޖަވާބުދާރީ ވާން ނުޖެހޭނެ ކަމެވެ. 

    ރާއްޖޭގެ ވެރިކަމުގެ ނިޒާމު އެތުރިފައިވާ ހަމައިން ނަމަ ރައްޔިތުންގެ މަޖިލިހަކީ ހަގީގީ މާނައިގައި ސަރުކާރު ހަމަ މަގުގައި ގެންގުޅޭ އެއް ގުނަވަނެވެ. ނަމަވެސް މުއިއްޒުގެ މަޖިލިހުން ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ހުއްދަ ކަމެއް ނޫނެވެ. ކައުންސިލްތަކަކީ ރައްޔިތުންގެ ފަރާތުން ސަރުކާރުތަކާއި މަޖިލިސް މެމްބަރުންނާއި ގުޅުވާދޭ ފާލަމެކެވެ. ނަމަވެސް އެ ފާލަމުގެ ބޭނުމެއް ބާރެއް މިއަދަކު ނެތެވެ.

    ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބަޔަކު، ސަރުކާރުގެ އިދާރާއެއްގެ އޯޑިޓެއް ކުރާނެ ބަޔަކު، ސަރުކާރު ތެރެއިން ހިންގާ ކޮރަޕްޝަން ބަލާނެ އިދާރާއެއް ނެތެވެ. މިއަދު ހުރިހާ މުއައްސަސާތަކަކީ ސަރުކާރުގެ ގުނަވަންތަކެކެވެ. ސަރުކާރުގެ ހިންގުމުގެ ނިޒާމާއި މެދު ފާޑު ކިޔަނީ ސަރުކާރާއި ވާދަވެރިންނެއް ނޫނެވެ. ސަރުކާރުގެ ތެރެއިންނެވެ. ކުރުސީއަށް މައުލޫމާތު ދެނީ ސަރުކާރު ތެރެއިންނެވެ. ޕީއެންއެފް އޮފީހުގެ ޖަލްސާ ތަކަށް މައުލޫމާތު ދެނީ ސަރުކާރުގެ ތެރެއިންނެވެ. ހަމަ ގަބޫލުކުރާ ބަޔަކު އަދިވެސް ގައުމުގައި އެބަތިއްބެވެ. ސަރުކާރުގެ ތެރޭގައިވެސް މާޔޫސްކަމުގައި އުޅޭ ބަޔަކު އެބަ ތިއްބެވެ. މަޖިލިހުގައިވެސް އެބަތިއްބެވެ. 

    ކުޅުދުއްފުށީ ސިޓީގެ މޭޔަރު ނޫހަކަށް ދިން މައުލޫމާތެއްގައި ސަރުކާރުގެ ހުދުމުހުތާރު ކަމުގެ ވާހަކަ ހާމަ ކުރިއެވެ. ރައީސް މުއިއްޒު އާއި ހަވާލާދީ އެ މަނިކުފާނު ދޮގުހެއްދެވީކަމަށް ވިދާޅުނުވެ ހާމަކުރީ ތިން ކަމެއްގެ ވާހަކައެވެ. އެއީ ހުދު ރައީސަށް ވެސް ރައީސްގެ ބާރުތައް އެނގިވަޑައި ނުގަންނަވާ ވާހަކައާއި، ވަޒީރުން ރައީސްލައްވާ ގަޅި ހައްދަން ނުބައި މައުލޫމާތު ދޭ ވާހަކައާއި ނުވަތަ ހުރިހާ ކަމެއްގެ ހަގީގަތް އެނގިހުރެ ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލީ ވާހަކައެވެ. 

    ޕީއެންސީ އޮފީސް ހުޅުއްވަމުން މި ކުރެއްވީ ކެންޕެއިން ތޯ ނޫނީ ކެމްޕެއިން ފެށުމުގެ ކުރިން ނިންމާލެއްވީތޯ މިއީ އުފެދޭ ސުވާލެކެވެ. ސަރުކާރުގެ ހަލުވި ސްޕީޑު ވާދަވެރި ކެނޑިޑޭޓުން ހޮވައިފިނަމަ މަޑުޖެހޭނެ ކަމަށް ވިދާޅުވުމަކީ އިންޒާރެކެވެ. މަސައްކަތް ހުއްޓާލާނެ ކަމުގެ ފެހި ސިގުނަލެކެވެ. މަޝްރޫއުތަކުގައި ބުރަކި ޖައްސާނެ ބަޔަކު ނުހޮވުމަށް ގޮވާލެއްވީއެވެ. ދެންވެސް އިންޒާރެކެވެ.

    ސަރުކާރުގެ މަޖިލިހުން ރައްޔިތުންނަށް ދިނީ ކޮން އެއްޗެއްތޯއެވެ. މާލޭ ސިޓީ ކައުންސިލުގައި ތާވަލުކުރާ މައްސަލަތައް ކުރިއަށް ނުދަނީ ވާދަވެރިންގެ ސަބަބުން ތޯއެވެ. ރަސްމާލެ ބުރިޖު ކުރިއަށް ނުދަނީ ކައުންސިލުގެ ކޮން ނުފޫޒަކުން ތޯއެވެ. ހުޅުމީދޫ ބުރިޖު ނުފަށާ އޮތީ ކޮން ކައުންސިލެއްގެ ސަބަބުން ތޯއެވެ. މާލޭގައި އަޅަން އުޅުނު ޕާކިންގ ބިލްޑިންގތައް މީހަކު ހުއްޓުވީތޯއެވެ. މާލޭގެ މަގުތަކުގައި ބުޅާތައް އުޅެނީ ކައުންސިލްތަކުގެ ސަބަބުން ތޯއެވެ. އެސްއޯއީތަކުން ވައްކަން ކުރަނީ ކައުންސިލްތަކުގެ ސަބަބުންތޯއެވެ. 

    ނުވާވަރުގެ ކަންކަމުގެ ވާހަކަ ނުދައްކަވާށެވެ. ވަޒީފާއިން ޒަމީރު ގަތުމުގެ ވިސްނުން ދޮށިވެ ގައިން ބާރު ހިނގައްޖެއެވެ. އަލަށް އިގްތިސާދަށް 400 މިލިއަން ޑޮލަރެއް ނުވަނެވެ. ޑެވެލޮޕްމަންޓް ބޭންކަށް އައްޔަނު ކުރި އެންމެން ފިލައިފިއެވެ. ބޭންކުތަކުގެ ވެރިން އެކަހެރި ވެއްޖެއެވެ. ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ އިތުރަށް ހަރަދުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

    6 ބިލިއަން އެއްކުރެވޭނެ ފޯމުއުލާއެއް މިސަރުކާރުގެ ވެރިންގެ ވިސްނުމުގައި ނެތެވެ. 6 ބިލިއަނަކީ ގައުމަށް ބޭނުންވާ އަސާސީ ހިދުމަތް ތަކުގެ އަގެވެ. އެވަރު ނުލިބި ހިންގާ ކޮންމެ ޕްރޮޖެކްޓަކީ މާދަމާގެ ޒުވާނުންގެ ބޮލުގައި އަޅުވާ އިގްތިސާދީ ދަރަންޏެވެ. ދިވެހީންނަކީ ތޫނު ފިލި ބައެކެވެ. ދިވެހިރާއްޖެ ދިރި ދެމި އޮންނާން ވާނެއެވެ.

    ]]>
    Fri, 16 Jan 2026 13:18:29 +0500 މުއާޒު
    އެމްޑީޕީ ޕްރައިމަރީ އޮމާންކޮށް ގެންގޮސް ދެއްވާ: ޝާހިދު https://heerasnews.com/3803 https://heerasnews.com/3803 މިއަދަކީ ލޯކަލް ކައުންސިލް އިންތިޚާބު 2026 ގެ އެމްޑީޕީގެ ޕްރައިމެރީގެ ވޯޓުލުން އޮންނަ ދުވަހެވެ. އެމްޑީޕީ ޕްރައިމަރީގައި ޕާޓީގެ ހުރިހާ މެންބަރުން ނުކުމެ ވޯޓް ދިނުމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު އެދިވަޑައިގެންފިއެވެ. 

     ވޯޓުގެ ކަންތައްތައް އޮމާންކޮށް ސުލްޙަވެރިކަމާއެކު ގެންގޮސްދެއްވުމަށް އެމްޑީޕީގެ ރައީސް މެންބަރުންނަށް އިލްތިމާސް ކުރެއްވިއެވެ.

      ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓުންނާއެކު ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ނުކުމެ ކައުންސިލް އިންތިހާބު 2026 އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް އެމްޑީޕީގެ ރައީސް އެދި ވަޑައި ގަންނަވައެވެ.

    އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުގައި މި ސަރުކާރަކީ ދޮގާއި މަކަރާއި ހީލަތާއި ފަސާދައިގެ މައްޗަށް ބިނާކޮށްފައިވާ ސަރުކާރެކެވެ. މި ސަރުކާރު ބަލި ކޮށްލުން އެއީ މިއަދު ކުރަންޖެހިފައިވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

    އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދެއްވުމަށް އޮނަރަބަލް ޝާހިދު ގޮވާލެއްވިއެވެ.

    ]]>
    Fri, 16 Jan 2026 00:14:04 +0500 މުއާޒު
    އެމްޑީޕީއަށް މޭޔަރުކަން ދިފާއުކުރެވޭނީ އާދަމް އާޒިމު ހޮވައިގެން https://heerasnews.com/3802 https://heerasnews.com/3802 އާޒިމެއް ބަލިކުރަން އާޒިމެއް ނެރެގެން އުޅެނީ އެމްޑީޕީއަށް ހެވެއް އެދިގެން ކަމަށް ގަބޫލު ކުރެވޭކަށް ނެތެވެ. ނިމިދިޔަ އެމްޑިޕީގެ ވެރިކަމުގައި އެމްޑީޕީ ފަހުރުވެރިވާ ވަރުގެ ކާމިޔާބު މަސައްކަތްތަކެއްކޮށް ނަތީޖާ ދައްކާފައިވާ އާދަމް އާޒިމާ ގުޅުވައިގެން ފިތުނަވެރި ވާހަކަ ދައްކަނީ ކޮންބަޔަކު ކީއްވެކަން ގިނަ މެންބަރުންނަށް އެނގެއެވެ.

    އެމްޑިޕީގެ.ޓިކެޓްގައި މާލެސިޓީއަށް ހޮވުނު މީހުންގެ ތެރެއިން އާދަމް އާޒިމް ނޫން އެންމެން ތިބީ ޕީއެންސީއަށް ސޮއި ކޮށްގެންނެވެ. އާދަމް އާޒިމް ބޭނުން ނަމަ އާދަމް އާޒިމަށް ވެސް އެކަން ކުރެވުނީހެވެ.

    ފަސޭހަ ލުއިގޮތް އޮއްވާ އާދަމް އާޒިމް އިހުތިޔާރުކުރީ އެމްޑީޕީގައި ދެމި ހުރުމެވެ. އެމްޑިޕީގެ އެންމެ މެންބަރަކުވެސް ނެތި މޭޔަރުކަންކޮށް ނަތިޖާ ނެރެދޭން އާދަމް އާޒިމް ހުރީ ޕާޓީ ބަދަލު ނުކުރާނެތީއެވެ. އަމިއްލަ މަސްލަހަތުގައި ޕާޓީ ބަދަލު ކުރާނެ ނަމަ އާދަމް އާޒިމު މިހާރު ހުރިހީ ޕާޓީ ބަދަލު ކޮށްގެންނެވެ. އޭރު ނުކުރި ބަދަލެއް ދެންވެސް ނުކުރާނެއެވެ. 

    އާދަމް އާޒިމް މޭޔަރުކަން ލިބުމުން ޕާޓީ ބަދަލު ކުރާނެކަމަށް ފަތުރާ ވާހަކަ ތަކަކީ ބަލައިގަނެވޭ ވަރަށްވުރެ ދެރަވަރު ވާހަކަ ތަކެކެވެ. އަނެއް ކޮޅުން އަމިއްލަ މަސްލަހަތާހުރެ  އާދަމް އާޒިމަށް ރައީސް މުއިއްޒު ޖަވާބުދާރީ ނުކުރެވޭ ކަމަށް އެމްޑިޕީގެ ކުރީގެ ޗެއަރޕާސަނުންގެ ބަޔަކު ދައްކާ ވާހަކައަކީ ވެސް ބޮޑު އޮޅުވާލުމެކެވެ.

    އެމްޑީޕީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ލީޑަރޝިޕްގައި އެހުރިހާ ބޭފުޅުން ތިއްބަވައިގެން ނުކުރެއްވުނު ޖަވާބު ދާރީއެއް މޭޔަރުގެ ބޮލަށް ކަޑާލައިގެން އާދަމް އާޒިމު ގެ އޮފުކަނޑުވާލަން އުޅުން އެހާމެ ދެރަވަރެވެ. ހުތުރެވެ. ސަރުކާރުން ކުރާކަންކަމަށް އާދަމް އާޒިމު ހައްގު ބަސްބުނެ އަޅަންޖެހޭ ފިޔަވަޅެއް އަޅާފައިވެއެވެ. ރެކޯޑްތަކުން އެކަން އެހުރީ ފެންނާށެވެ. 

    އެހެންކަމުން މޭޔަރ ޓިކެޓްގެ ޕްރައިމަރީއަށް އިތުރު އާޒިމެއް ނެރެގެން އުޅޭ އުޅުމަކީ މެންބަރުންނަށް އޮޅުވާލަން ބަޔަކު ރާވައިގެން ހިންގާ ކަމެއްކަމުގައި ބުނެވިދާނެއެވެ. އެމްޑީޕީ ނޫން ގޮތެއް ހޯދަން އެމްޑީޕީން ނިކުތް މީހުން އިސްވެތިބެ އެމްޑީޕީއަށް މާލޭ މޭޔަރކަން ގެއްލުވާލަން ކުރާކަމެއް ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.

    ދެ އާޒިމުގެ ކުރިމަތިލުމަކަށް އެމްޑީޕީ ވައްޓާލީ އެމްޑީޕީ ޕްރައިމަރީ ފިތުނައިގައި ޖައްސާ ބައިބައިކޮށްލުމުން ދަ ޑިމޮކްރެޓްސްގެ ޓިކެޓްގައި ގަލޮޅު ދެކުނުގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރި ޒަރިޔަންދަށް މޭޔަރުކަން ފަހިކުރާށޭ ނުބުނެވޭ ވަރެއް ނޫނެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ. 

    އެމްޑީޕީ ނިކުމެ އެއްވާނަކަށް ސިޓިންގ މޭޔަރ އާދަމް އާޒިމަށް ފުރިހަމަ ދައުރެއް ހޯދާ ދިނުމަށްވުރެ މޮޅުގޮތެއް އެމްޑީޕީއަކަށް ނެތެވެ. މިއްޔަކީ ރިޔާސީ ޓިކެޓަށް ބާރުގަދައީ ކޮންފެކްޝަނެއްތޯ ބަލަންވީ ވަގުތެއް ނޫނެވެ. މިވަގުތަކީ  ސިޓީ ކައުންސިލްގެ މޭޔަރުކަން ދިފާއުކޮށް ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދަން އާދަމް އާޒިމާ އަތުގުޅާލަންވީ ވަގުތެވެ. 

    ]]>
    Thu, 15 Jan 2026 20:25:30 +0500 މުއާޒު
    މޭޔަރ ޓިކެޓަށް ދެ އާޒިމް: އާދަނާ އައްޔާ އޮޅުވާނުލާތި! https://heerasnews.com/3801 https://heerasnews.com/3801 އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރަކަށް އާޒިމަކު ހޮވި އެ އާޒިމް ދަނީ މޭޔަރ ކަމުގައި ތަފާތު ދައްކަމުންނެވެ. މާލެ ސިޓިގެ ތާރީހުގައި އެއްވެސް މޭޔަރަކު ނުކުރާހާ މަސައްކަތް ބައި ދައުރުގެ ތެރޭގައި އާދަމް އާޒިމް ވަނީ ކޮށް ދައްކާފައެވެ. ދަނީ ކުރަމުންނެވެ. 

    މާލެ ސިޓީގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށަށް ގެނައުމުން ފެށިގެން މަގުތަކުގެ ކާނު ސާފުކުރުމާ ހަމައަށް އާދަމް އާޒިމްގެ ހިދުމަތް ރައްޔިތުންނަށް ދަނީ ލިބެމުންނެވެ. ހުއްޓިފައި އޮތް އާސަހަރާ މިސްކިތް ނިންމާ ބުޅާ ފެސިލިޓީ ހަދައިފިއެވެ،

    ޕާކްތަކާ މައިޒާންތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް ޕާކިން ޒޯނުތައް އިތުރުކޮށް މިސްކިތްތައް މަރާމާތުކޮށް އައުބައުތުރަ ފިލުވައިފިއެވެ. ފެން ބޮޑުވުން ހައްލުކޮށް ރައްކާތެރި އަމާން ދިރިއުޅެން ފަސޭހަ ތަނަކަށް މާލެސިޓީ ބަދަލުކުރުމުގެ ސިލްސިލާ މަސައްކަތްތަކެއް އާދަމް އާޒިމް ވަނީ ފަށާފައެވެ.

    އެމްޑީޕީގެ ސިޔާސަތުތަކާ އެއްގޮތަށް މާލެ ސިޓީ ކައުންސިލްގެ ކަންކަން އާދަމް އާޒިމް ބޭނުންވާ ގޮތަށް ގެންދިޔުމުގައި އޮތް ހުރަހަކީ ސިޓީ ކައުންސިލްގައި އެމްޑީޕީ މެންބަރުން ނެތުމެވެ. އެމްޑީޕީ ވިސްނުމުގެ އެންމެ މެންބަރަކުނެތި ބައި އިލެކްޝަނަކުން ހޮވުނު މޭޔަރު އާދަމް އާޒިމް ބައި ދައުރުގެ ތެރޭގައި މުޅި އެމްޑީޕީ ފަހުރުވެރިވާ ވަރުގެ ނަތީޖާ ނެރެވަނީ ދައްކާދީފައެވެ. 

    ރުހުމުގެ ލޮލުން ނުދެކޭން ހުންނަ މީހަކަސް މި ހަގީގަތް ހިތުގެ އަޑިން ގަބޫލު ކުރެވޭނެއެވެ. ރިޔާސީ ޓިކެޓާއި ހުރެ ތާއީދު ބޮޑީ ކޮންފެކްޝަނަކަށްތޯ އަޖުމަ ބެލުމުގައި ގުރުބާން ކޮށްލެވޭ ގޮނޑިއަކަށް މާލޭ މޭޔަރ ގޮނޑި ހަދަން ނޫޅޭށެވެ. ދެ ބުޅަލުގެ އަރާރުމުގައި މަކުނު ބޯކިބާ ކަލާހެން ދެ އާޒިމުގެ އަރާރުމުގައި ޒަރިޔަންދަށް މޭޔަރުކަން ދޭން ނުހަދާށެވެ. 

    އެމްޑީޕީއަށް ހެޔޮއެދޭ ނަމަ އެމްޑީޕީ މިހާރު ކުރަން އޮތްހާވެސް ކަމަކީ މުޅި އެމްޑީޕީ ގުޅިގެން މޭޔަރ އާދަމް އާޒިމަށް ދެވަނަ ދައުރެއް ހޯދާދިނުމާއެކު މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުމެވެ. ޑްޕްލިކޭޓް އާޒިމެއް ނެރެގެން އޮތް މޭޔަރކަން ގެއްލުވާލުމެއްނޫނެވެ.

    ]]>
    Thu, 15 Jan 2026 14:51:53 +0500 މުއާޒު
    ޖުވާ މަނާކޮށް ރައްޔިތުން ޖުވާކުޅޭ ފޮތިބަޔަށް ނުހަދާ https://heerasnews.com/3800 https://heerasnews.com/3800 ޖުވާ ކުޅުމަކީ އިސްލާމް ދީނުގައި މަނާ ކަމެކެވެ. އިސްލާމީ ގައުމުތަކުގައި ޖުވާ ކުޅުމަކީ ކޮންޓްރޯލް ކޮށްފައިވާ ކަމެކެވެ.

    ޖުވާ ކުޅުމަކީ ކޮބާ ބާވައޭ ހިތައް އަރައެވެ. ނަސީބު ވަޒަންކޮށް ފައިސާ އިތުރުކުރުމަކީ ޖުވާ ބާވައެވެ. އިސްލާމް ދީން ބާރު އަޅަނީ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާށެވެ. ނަސީބު ވަޒަންކޮށްގެން ތަނަވަސްކަން ހޯދާކަށް ނޫނެވެ.

    ޖުވާ ނޫނަސް އިސްލާމް ދީނުގައި ހަރާމް އަދި މަނާ އިތުރުކަންކަން ވެއެވެ. ދޮގު ހެދުން، މަކަރު ހެދުން، އޮޅުވާލުން، ވައްކަން ކުރުން، މަސްތުވުން، މީހުން މެރުން، ދިރޭ ތަކެއްޗަށް އަނިޔާ ކުރުން ފަދަ ކަންކަން އިސްލާމް ދީނުގައި މަނާ ކުރެއެވެ. 

    ގައުމަކަށް ވެރިއަކު ހޮވަނީ ވަކި ހަމައަކުން އިންސާފާއި ހަމަހަމަކަންމަތީ ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. ވީވަރަކުން ކުރާކަށް ނޫނެވެ. އަދި ކުރުން ލާޒިމުކުރާ ކަމެއް ނުކޮށް ދޫކޮށްލާކަށްވެސް ނޫނެވެ.

    ދިވެހިރާއްޖެ އިސްތިސްނާއެއް ނޫނެވެ. ވެރިކަން ކުރަން ރާއްޖޭގައި ބަލާ މައި އެއް މިންގަނޑަކީ ގާނޫނޫ އަސާސީ ގައިވާގޮތަށް ވެރިކަން ކުރުމެވެ. އިސްލާމް ދީނުގައިވެސް ބާރުއަޅާ ކަންކަން ދިވެހި ގާނޫނު އަސާސީގައި ކުރުން ލާޒިމުކަންކަމުގެ ގޮތުގައި ވެއެވެ.

    ވެރިކަން ލިބުމަކީ ވައުދުތަކަކާއި އެކު ރައްޔިތުންނަށް ހިދުމަތް ކުރުމެވެ. އެއީ ވެރިއަކަށް އަންނަން އުޅުނު އިރު ވީ ވައުދުތަކެވެ. ރައްޔިތުންގެ އުންމީދު ތަކެވެ. އެ ވައުދުތަކަކީ ފުއްދަންޖެހޭ ދަރަނި ތަކެކެވެ. ފަހަރެއްގައި ވެސް ވެރިކަން ލިބުމަކީ އެމީހަކު ބޭނުން ގޮތަކަށް ކަންކުރުމެއް ނޫނެވެ. އެއީ އަނިޔާވެރިކަމެވެ. 

    ގާނޫނު އަސާސީގައިވާ ގޮތަށް ވެރިކަން ކުރަން ހޮވާ ވެރިން އެ ގާނޫނު އަސާސީ އެ މީހަކަށް ބާރާއި ނުފޫޒު ބޭނުން ކުރުން ޖުވާއަށް ނުވޭތޯއެވެ. ސަރުކާރުތަކުގެ ވެރިންގެ ތަނަވަސްކަން އިތުރުކުރުމަށް ހިންގާ އަމަލުތައް ޖުވާއަށް ނުވާނަމަ ޖުވާވެސް ހަލާލުވާން ވާނެތާއެވެ.

    ވަޒީރުން ގޯސްއަމަލުތަށް ކުރުމުން ގާނޫނުން ޖަވާބުދާރީ ނުކުރެވޭނަމަ އެ ދެވެނީ ހަމަ ޖުވާކުޅުމުގެ ލައިސަންސް އެކެވެ. މަޖިލިސް މެމްބަރުން ބޭނުންވާ ހުރިހާ ކަމެއް އިންސާފުން ބޭރުން ކުރެވޭނަމަ ޖުވާއާއި ތަފާތެއް ނެތެވެ. ހަމަ އެއީވެސް ޖުވާކުޅުމުގެ ލައިސަންސް އެކެވެ. މިނިވަން މުއައްސަސާ ތަކުން އަދާ ކުރަން ޖެހޭ ޒިންމާ އަދާ ނުކޮށް ސަލާމަތްވާނަމަ ބުނާނީ ކީކޭ ތޯއެވެ. އެއީ ވެސް ހަމަ ޖުވާކުޅުމުގެ ލައިސަންސް އެކެވެ. 

    ވެރިމީހާ ވައުދާއި ހިލާފުވެ، ގާނޫނު އަސާސީ އެމީހަކަށް ހެޔޮވަރު ހެދުމަކަށް ބާރާއި ނުފޫޒުން ބަދަލު ކުރުމަކީ ކޮބާތޯއެވެ؟ ސަބަބުވެރި އިންސާނާގެ ވިސްނުމުން އެއިވެސް ހަމަ ޖުވާއެވެ. ރައްޔިތުން މެދުވެރިވެ، އެވެރި މީހާ ޖަވާބުދާރީ ކުރުމަށް ކަނޑައަޅާފައިވާ ނިޒާމުތައް ހުލިވީމާ އެވަނީ ކީއްހެއްޔެވެ. ހަމަ ޖުވާކުޅުމަކަށްވެ.

    ރައްޔިތުންނާއި، ސަރުކާރާއި، މަޖިލިހާއި މިނިވަން މުއައްސަސާތައް ވެރިމީހާއަށް އެދެވެނީ ޖުވާ ކުޅުމުގެ ލައިސަސް އެކެވެ. އެ ވެރިމީހާ ޖުވާ ކުޅެން މޮޅީ ބާވައެވެ. ނުވަތަ ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީ ބާއެވެ.

    ކޮންމެ ނުބައި ކަމެއްގައިވެސް ނިމުމެއް ވާނެއެވެ. އެ ނިމުން ވަރަށް ހިތިވާނެއެވެ. ޖުވާކުޅެން އަބަދަކު ނުހުރެވޭނެއެވެ. އިސްލާހު ވާށެވެ. ހެއްދެވި ފަރާތަށް ބިރުވެތިވާށެވެ. ރައްޔިތުންނަކީ ޖުވާ ކުޅެން ގެންގުޅޭ ފޮތިބަޔަށް ނުހައްދަވާށެވެ.

    ]]>
    Wed, 14 Jan 2026 16:50:42 +0500 މުއާޒު
    ޓެސްޓްކޮށް ފާސްވެފާ ހުރި މޭޔަރު ނޫންގޮތެއް ހޯދަންއުޅުމަކީ އެމްޑީޕީ ފަހަތަށް އަޅާފިޔަވަޅެއް https://heerasnews.com/3799 https://heerasnews.com/3799 ގަލޮޅު ސިޓީ ޕާރކް 10 އަހަރުވަންދެން އޮތީ ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައެވެ. އެހެން ނަމަވެސް އަލުން ޑިޒައިން ކޮށް ވަރަށް ފުރިހަމައަށް ހަދައި، ގަލޮޅު ސިޓީ ޕާރކް ހުޅުވިގެން ހިގައްޖެއެވެ. މާލެ ސިޓީ މޭޔަރ އާދަމް އާޒިމްގެ ހިދުމަތުގެ ސިލްސިލާއަށް އިތުރުވެގެން ދިޔަ ބޮޅަކަށް ގަލޮޅު ސިޓީ ޕާރކްވެސް ވަދެގެން ދިޔައީއެވެ. 

    ސިޓީ ޕާކު އަލުން ހަދައި މި އަދު މި ހުޅުވުނީ، ބެޑްމިންޓަން ކޯޓަކާއި، ތްރީއޮންތްރީ ބާސްކެޓް ބޯޅަ ކޯޓަކާއި އެކި ޢުމުރުފުރައިގެ މީހުން ކަސްރަތު ކުރާނެ ތަނަކާއިވެސް އެކުގައެވެ. ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލާނެ ޖާގައާއި، ކުޑަކުދިން ކުޅުމަށް ހާއްސަ ސަރަޙައްދެއްވެސް ގަލޮޅު ސިޓީ ޕާރކްގައި އޮވެއެވެ. ސިޓީ ޕާރކް ހުޅުވީ އެކި ކަހަލަ އިވެންޓްތައް ބާއްވާނެ ތަނަކާއެކު، ވަރަށް ގިނަ ގޮތްގޮތަށް، ބޭނުން ހިފޭނެ ގޮތަށް ޑިޒައިން ކޮށްގެންނެވެ.

    މާލެ ސިޓީގެ މޭޔަރުކަމުގައި އާދަމް އާޒިމް ހޭދަކުރެއްވި ކުރު މުއްދަތުގައި ޖާގަ ލިބެން އޮތް އެންމެ މަތީ މިންވަރަކަށް، ހިތް ފަސޭހަ މައިޒާންތައް މާލެ ސިޓީގައި ގާއިމްކޮށްގެން ރައްޔިތުންނަށް އުފާވެރިކަން ގެނެސް ދިނެވެ. 

    މާލެ ސިޓީ މޭޔަރުކަމުގެ ފުރިހަމަ ދައުރެއް އާދަމް އާޒިމަށް ދޭންޖެހެނީ އެހެންވެއެވެ. ކުރުމުއްދަތެއް މާލެއަށް ގެންނެވި ހެޔޮބަދަލަށްޓަކާވެސް އާދަމް އާޒިމަށް ފުރިހަ ދައުރެއް ހޯދާދިނުމަކީ އެމްޑީޕީން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޓެސްޓްކުރެވި ފާސްވެފިއިވާ މޭޔަރަކު ހުއްޓާ އެގޮތް ދޫކޮށް އެހެންގޮތެއް ހޯދުމަކީ އަނެއްކާވެސް ފަހަތަށް އެޅޭ ފިޔަވަޅެކެވެ. 

    ]]>
    Tue, 13 Jan 2026 22:13:26 +0500 މުއާޒު
    މައްޗަންގޮޅި އުތުރަށް ހައްޖަ ވަރެއްނެތް. https://heerasnews.com/3797 https://heerasnews.com/3797 މާލޭ ރައްޔިތުންނަށް ހިދުމަތްކުރަން ކޮންމެ ދާއިރާއަކަށް މެންބަރަކާއި ކައުންސިލަރަކު ހުރެއެވެ. އޭގެތެރެއިން މަދު މަންދޫބަކަށް ނޫނީ އެ މީހެއްގެ ގާނޫނީ ވާޖިބު އަދާ ކުރެވޭތީއެއް ނުފެނެއެވެ. ހާއްސަކޮށް ސިޓީ ކައުންސިލްގެ ގިނަ ކައުންސިލަރުންގެ ކިބައިން ހިދުމަތުގެ ކުލަވެސް މަދުން ނޫނީ ނުފެނެއެވެ. 

    ސިޓީ ކައުންސިލަށް އިންތިހާބު ކުރެވޭ ކައުންސިލަރަކީ ދާއިރާގެ ހާލަތު އެނގޭ ދާއިރާއާއި މެދު ރަނގަޅު ތަސައްވަރެއް އޮތް މީހަކަށް ވުމަކީ މުހިންމު ކަމެކެވެ. ދާއިރާއަށް ފާގަތިކަން ލިބޭނޭ ތަސައްވުރެއް އޮންނާނީ ދާއިރާއަށް ނިސްބަތްވާ ދާއިރާގައި ދިރިއުޅުން އޮތް ދާއިރާ މީހެއްގެއެވެ.

    ކޮންމެ ދުވަހަކު ދާއިރާގެ މީހުނާ ބައްދަލުވާ ފޮރުވިފައިވާ އެހެން އެޖެންޑާއެއް ނެތް މީހެއްގެއެވެ. ސިޔާސީ މުސާރަ ނަގައިގެން ޒާތީ މަސްލަހަތު ކުރިއަށް ނެރޭނެ ކައުންސިލަރަކަށް އެކަމެއް ނުވާނެއެވެ.

    އެހެން އެކަން އޮތުމުން މައްޗަންގޮޅި އުތުރުފަދަ އިހުމާލު ކޮށްލެވިފައިވާ ދާއިރާއެއްގެ ހެވާލާބައަށް އެންމެ ރަގަޅީ ހީވާގިކެރޭ ކުރެވޭނެ ފިސާރި ކަނބަލެކެވެ. ނަތީޖާ ދެއްކިފައިނުވާ މީހެއްގެ ޕަޕެޓެއް ނޫނެވެ.

    އަމްދުން އެމްޑިޕީގެ ޓިކެޓްގައި ނެރޭ މީހަކީ ދާއިރާގެ ރައްޔިތުންނަށްވުރެ އެހެން ކަމަކަށް އިސްކަން ނުދޭނެ މުރާލި ޖެހެލުންކުޑަ ފަސްބައި ސާފު ޒުވާނަކަށް ވުމަކީ އެހާމެ މުހިއްމު ކަމެކެވެ. އެމްޑީޕީގެ ސިޔާސަތަށްވުރެ ކުރިއަށް އަމިއްލަ އެޖެންޑާ ނުނެރޭނެ މީހަކަށް ވުންވެސް އެހާމެ މުހިއްމެވެ. 

    މައްޗަންގޮޅި އުތުރު ކައުންސިލަރ ކަމަށް އެމްޑީޕީ ހައްޖައަށްވުރެ ވަކީން ރަނގަޅު ދެވަނަ އެހެން މީހަކު މިފަހަރު ނެތެވެ. ހައްޖައެއް ނުވިކޭނެއެވެ. ނުގަނެވޭނެއެވެ. އެމްޑިޕީ ރޫޅާކަށް ވެސް ހައްޖަ ނުނިކުންނާނެއެވެ. ރައްޔިތުންނާ އެންމެ ގާތުގައި އަބަދުމެ ހައްޖަ ހުންނާނެއެވެ.

    ]]>
    Tue, 13 Jan 2026 17:09:24 +0500 މުއާޒު
    ނަޝީދު ހުރީ އީރާނުގެ މިސްކިތްތަކުގައި ރޯކުރާ ޓެރެރިސްޓުންނާއެކު! https://heerasnews.com/3796 https://heerasnews.com/3796 އީރާނުގެ ވެރިކަމާ ދެކޮޅަށް އީރާނުގައި ބަޔަކު މަގުތަކަށް ނިކުމެ ހިންގަމުން ދިޔަ ނުރައްކާތެރި އަނިޔާވެރި އަމަލުތަކަށް ހިއްވަރު ދޭގޮތަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ސަބަބުން ނަޝީދު ހޫނުފެނަށް ވެއްޓިއްޖެއެވެ. މުޒާހަރާ ކުރުމުގެ ނަމުގައި ބަޔަކު ހިންގަމުންދާ އަނިޔާވެރި އަމަލުތައް ނަޝީދު ސިފަކުރެއްވީ ކަރާމަތާއި ހައްގު ހޯދަންކުރާ ކުރަން ޖެހިއްޖެ ކަމެއްގެ ގޮތުގައެވެ.

    ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ "އީރާނުގެ ރައްޔިތުން މަގުތަކަށް ނުކުމެ އަޑުއުފުލަމުންދަނީ އެމީހުންގެ ކަރާމާތާއި، އިންތިހާއަށް އުފުލިފައިވާ ދިރިއުޅުމުގެ ހަރަދުތަކަށް ލުޔެއް ހޯދުމަށާއި، އެތައް އަހަރަކަށް ދެމިގެންގޮސްފައިވާ އަނިޔާވެރިކަމުން ސަލާމަތްވުމަށް" ކަމަށެވެ. އިރާނުގައި ހިންގާ ހަމަނުޖެހުން ނަޝީދު ސިފަކުރައްވަނީ " އެއީ އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚުތުންނެވެ. އެހެންކަމުން، މުޅި އިސްލާމީ އުންމަތާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން އެ ގައުމުގެ ވެރިކަންކުރާ ނިޒާމު ހިމާޔަތްކުރުމުގެ ބަދަލުގައި، އީރާނުގެ ރައްޔިތުންނަށް އެއްބާރުލުންދީ އެމީހުންގެ ފަހަތުގައި ސާބިތުވެ ތިބެންޖެހޭ" ކަމަށެވެ. 

    ރައީސް ނަޝީދު އެމޭރުމުން އެކްސްގައި ޕޯސްޓެއް ކުރެއްވުމުން ގިނަބައެއްގެ ނުރުހުން ރައީސް ނަޝީދަށް އަމާޒުވިއެވެ. ރައީސް ނަޝީދަކީ މޮސާޑްގެ އެޖެންޓެއް ކަމަށާއި އެމެރިކާއާއި ޔޫރަޕްގެ ޕަޕެޓެއް ކަމަށް ސިފަކުރެއެވެ. އިސްލާމްދީނާ ދެކޮޅު ކޮންމެ ހަރަކާތަކަށް ހިތްވަރުދޭ ލިބަރަލް މީހެއްގެ ގޮތުގައިވެސް އެތައްބަޔަކު ސިފަކުރެއެވެ. 

    ރައީސް ނަޝީދު ކުރެއްވި އެކްސް ޕޯސްޓާއި ގުޅިގެން ސްރީލަންކާގައި ހުންނަ އީރާނު އެއްބަސީގެ ރަސްމީ ޓްވިޓާ އަތްގަޑުން ރައްދުދީ ނަޝީދުގެ ސްޓެންޑަކީ ކޮބައިތޯ ސުވާލުކުރުމުން ކަމުގެ ހައްސާސްކަން ހާމަވެގެން ދިޔައެވެ. އީރާނު އެންބަސީން ރައްދުގައި ކުރި ޕޯސްޓުގައި ކަމުގެ ހަގީގަތް ސާފުކޮށްދީފައިވެއެވެ.

    އީރާނު އެންބަސީން ނަޝީދަށް ރައްދުދީ ކުރި ޕޯސްޓްގައި ބަޔާން ކޮށްފައި ވާގޮތުގައި "2025 ވަނަ އަހަރުގެ ޖޫން މަހު ހިނގައިދިޔަ 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، ޒަޔަނިސްޓު ނިޒާމުން އީރާނުގެ ސިޓީތަކަށާއި، އާންމު ރައްޔިތުންނަށާއި، އަދި އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ވަރުގަދަ ޢަސްކަރީ ހަމަލާތަކެއް ދީފައިވެއެވެ. މީގެ އިތުރުން އީރާނުގެ ރައްޔިތުންގެ ތެރެއިން ވަކިވަކި ފަރާތްތަކަށް އަމާޒުކޮށް ހިންގި ލާދީނީ އަމަލުތަކުގެ ސަބަބުން، އެއްހާހަށްވުރެ ގިނަ ފިރިހެނުންނާއި، އަންހެނުންނާއި އަދި ކުޑަކުދިން ވަނީ ޝަހީދުވެފައެވެ."

    އިރާނު އެންބަސީ ބުނި ގޮތުގައި "އެމެރިކާގެ ސަރުކާރުގެ ސީދާ އެހީތެރިކަމާއެކު، ޒަޔަނިސްޓު ނިޒާމުން ހިންގި އިންސާނިއްޔަތާ ޚިލާފު އަދި އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ މި ހަމަލާތަކާ ދެކޮޅަށް އީރާނުގެ ރައްޔިތުން ދެއްކި ސާބިތުކަމުގެ ސަބަބުން، މަސްރަޙު އިތުރަށް ގޯސްވެގެން ދިޔައެވެ. މީގެ ބޭނުމަކީ އީރާނުގެ މަގުތަކުގައި ހަލަބޮލިކަން އުފައްދައި، އާންމު ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލުމެވެ."

    "މިފަހަރު، މޮސާޑާ ގުޅުން ހުރި ފަރާތްތަކުން ސިޓީތަކުގައި ހިންގި ޓެރަރިސްޓް އަމަލުތަކުގެ ޝިކާރައަކަށްވީ އީރާނުގެ މައުސޫމު ކުޑަކުދިންނާއި، އަންހެނުންނާއި އަދި އާންމު ރައްޔިތުން" ކަމަށް އެންބަސީން ބުނެއެވެ. މި ފަހަރު އެ މީހުން " މިސްކިތްތަކުގައި ހުޅުޖަހައި، ހޮސްޕިޓަލްތައް ސުންނާފަތިކޮށް، މަގުމަތީގައާއި ބާޒާރުތަކުގައި އުޅުނު އާންމުންނަށް ހަމަލާދީ، މެޓްރޯ ސްޓޭޝަންތަކާއި ބޭންކުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވޭ" އިރާނު އެންބަސީން ބުންޏެވެ. 

    އެންމެ ފަހުން އިޜަނު އެންބަސީ ރައީސް ނަޝީދަށް ރައްދުދީ ކުރި ސުވާލަކީ "މި ހާލަތުގައި، ތިޔަބޭފުޅުން ތިއްބެވީ ކޮން ފަރާތެއްގައި ހެއްޔެވެ؟" 

    އިރާނު އެންބަސީގެ ރައްދާ ގުޅިގެން ވަރަށް ގިނަ ދިވެހިން އިރާނުގެ ވެރިންނާއެކު އިސްރޭލާ އިސްރޭލްގެ ބައިވެރިން ދެކޮޅު ކަން ބަޔާކޮށް ނަޝީދާ މެދު ހިތް ހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އިރާނު އެންބަސީން ކަމުގެ ހަގީގަތް ހާމަކޮށްދީ ރައްދު ދިނުމުން ނަޝީދުގެ ވާހަކަތައް ދިފާއުކޮށް އިރާނުގެ މަގުމަތީގައި މޮސާޑުން ހިންގުވާ ހަރަކާތްތައް ދިފާއުކުރާ މޭރުމަކުން ރައީސް ނަޝީދު އަނެއްކާވެސް އެކްސްގައި ޕޯސްޓެއް ކުރައްވައިފިއެވެ. 

    ރައީސް ނަޝީދު ޖަވާބުގައި ކުރެއްވި ޕޯސްޓްގައިވަނީ "އީރާނުގެ ދާހިލީ ކަންކަމުގެ ތެރެއަށް އެމެރިކާއިން ވަދެގަތުމާ އަޅުގަނޑުވެސް ދެކޮޅެވެ. ނަމަވެސް، ހައްގުތަކަށް އެދި މަގުމަތީގައި އަޑުއުފުލަމުންދާ ޒުވާނުންނަށް އަޅުގަނޑުމެން ހިތްވަރުދީ އެހީތެރިވާންޖެހެއެވެ."

    އިތުރަށް ކަން ހަލާލުކުރެއްވުމުގެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ "މި މަންޒަރުތަކުން އަޅުގަނޑުގެ ހަނދާނަށް އަންނަނީ ދިވެހިރާއްޖޭގެ މާޒީއެވެ. ރައީސް ގައްޔޫމުގެ ވެރިކަމާ ދެކޮޅަށް އެކްޓިވިސްޓުން އިހުތިޖާޖު ކުރަން ފެށުމުން، އެއީ ނަސާރާ ދީން ފަތުރާ މިޝަނަރީންގެ މަގްސަދުތަކެއް ހާސިލުކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭރު ސިފަކުރެއްވިއެވެ. އެހެނަސް، އެ މީހުން އުފުލި އަނިޔާތަކާއި، ކުރިމަތިލާންޖެހުނު ވޭންދެނިވި ތަޖުރިބާތަކުގެ ހަގީގަތް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ."

    ރައީސް ނަޝީދު ހުންނެވީ ކޮންފަޅިއެއްގައިކަން ހާމަކުރައްވާ ނަޝީދު ވިދާޅުވީ " އީރާނުގެ ޒުވާނުން އެމީހުންގެ ހައްގުތަކަށްޓަކައި ކުރާ މަސައްކަތުގައި، އަޅުގަނޑު ސާބިތުކަމާއެކު އެމީހުންނާ އެކު ހުރިކަން ހާމަކުރަމެވެ." 

    ]]>
    Tue, 13 Jan 2026 12:52:43 +0500 މުއާޒު
    އިދިކޮޅުގައި ލާދީނީ ޓެގްއަޅުވައިގެން ކުރަނީ ލާދީނީ ވެރިކަމެއް https://heerasnews.com/3795 https://heerasnews.com/3795 އިދި ކޮޅުގައި ތިބެނީ މުއިއްޒު ސިފަކުރާ ގޮތުގައި ލާދީނީ މީހުންނެވެ. އެކަމަކު އެބުނާ ވައްތަރުގެ ލާދީނީ މީހުން ސަމޯއާ އެއްބަސް ވުމުގައި ސޮއެއްނުކުރެއެވެ. ރާއްޖޭގެ ހިޔުމަންރައިޓްއިން އިސްލާމް ދީނާއި ފުށު އަރާ ސާވޭ ހިންގަން ފުރުސަތެއް ނުދެއެވެ. އިލްމު ވެރިންގެ ގޮތުގައި ބެލޭ މީހުން މުއިއްޒުގެ އަމަލުތައް ދިފާއުކޮށް ދޮގުތައް ހަލާލުކުރާހެން ހައްގު ބާތިލަކަށް ނުހަދައެވެ. 

    ދޮގުހެދުމުގެ ރެކޯޑް ހާސިލްކޮށްފައިވާ ކަމަށް މުޅި ދުނިޔެ އިއްތިފާގުވާ ރައީސް ދޮގު ހައްދަވަނީ ހަލާލުގޮތުގައި ބާވައެވެ. ބައެއް ވަޒީރު ބޭފުޅުން ތިމާގެ ސިއްރު ގުނަވަންތަށް ފޮޓޯ ނަގާ ވީޑިއޯކޮށް ހިލޭ އަންހެނުންނަށް ފޮނުވާ ކަމުގެ ތުހުމަތު ކުރާ ކުރުން ހަލާލީހެއްޔެވެ. އަތްތިލަ ހިކިކަމުން ބޮނަކުއާ ފެންފުޅިއެއްގެ މަތި ނުނެގިގެން ހިލޭ އަންހެންކު ގޮވައިގެން ބަންދު ތަނަކަށް ވަދެ އަތްތިލަ ތެތްކުރީ ހަލާލު ވާތީ ހެއްޔެވެ. އިމާރާތެއްގެ މަތިން ޅަފުރައިގެ އަންހެންކުއްޖަކު ފުރާޅެއްގެ މައްޗަށް ވައްޓާލި މައްސަލައެއްގެ ހެކިތަކެއް ނައްތާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އުފުލިފައިވާ އަދި ކޮރަޕްޝަނާއި ވައްކަމަށް ތުހުމަތުވާ ވައިޑް ބޮޑީވެސް ހަލާލީހެއްޔެވެ.

    އަދުލާއި އިންސާފާއި މަސްލަހަތަކީ އިސްލާމް ދީނުގެ މައި އެއްތަނބު ކަމަށް ރީލޯޑް ކުރަން ނުޖެހޭ އިލްމުވެރިން ބުނެއެވެ. ކޯޓުތަކުގެ ތަރުތީބު ގެއްލުވާލާ ގޭގެ ކާ މޭޒުތަކުގެ މަތީގައި ހުކުމްތައް އިއްވަން ނިންމުން ހަލާލީއެވެ. ދީނީއެވެ. ބޭރުގައުމެއްގެ ދަރިވަރަކު ތަޖުރިބާ ދަތުރެއްގައި އުޅެނިކޮށް ނިޔާވި މައްސަލައެއްގެ އިހުމާލު ބޮލުގައި އެޅި އެކަން ދައުލަތެއްގެ ބާރުން ސިއްރު ކުރާ ކަމުގެ ތުހުމަތުވާ ދިގުދިގު ރަށެއްގެ މައްސަލައެއްގެ ހިއްސާދާރަކަށް ވުމީ ހަލާލު ދީނީ ކަމަކީ ހެއްޔެވެ. ރައްޔިތުންގެ ޒާތީ މައުލޫމާތުތަކަކުން ވައްކަންކޮށް ވަކި ސިޔާސީ ޕާޓީއަކަށް ފައިންނާއި ނޭފަތާއި އެހެނިހެން ތަންތަނުން ވަގުފޯމުތަކެއް ފުރުވާ އިލެކްޝަންސް ކަމިޝަނުން ޖަމާއަތެއް ޖުރިމަނާ ކޮށްފައި އޮވެމެ ވަގަށްނެގި މެންބަރުން ހޮމަނައިގެން ދަފްތަރު ބޮޑުކޮށް އެމީހުންގެ ބޮލަށް ދައުލަތުން ޕާޓިއަށް ފައިސާ ނެގުން ހަލާލީ ހެއްޔެވެ. ނޫނެކެވެ. އެއަށް ކިޔަނީ ވައްކަމެވެ. ހިޔާނާތެވެ. އެއީ އަނިޔާވެރިކަމެވެ. ދޮގާ މަކަރެވެ. 

    ނަޒާހަތްތެރިކަމުގެ ކަންފުޅެއްވެސް ނެތް ބަޔަކު ހިމެނޭ ސަރުކާރު މަޖިލިހުގެ ވެރިއަކަށް އަމާޒުވާ އިމާރާތަކަުން ވެއްޓި ދޮންދަރިއަކު ވެއްޓުނު މައްސަލައެއްގައި ތުހުމަތުވާ މީހަކު އަދުލާއި އިންސާފުގެ ތަރާދުގައި ހަލާލީއެވެ. ޖުވާ ކުޅުމާއި ފާހިޝް އަމަލު ތަކަށް ތުހުމަތުވާ ޅިޔަނުން ގަޔަށް ބާރުވާ ކަހަލަ ހެދުން އަޅައިގެން ސިއްރުން ގޮނޑުދޮށްތަކުގައި ހިލޭ އަންހެނުން ގޮވައިގެން ޗުއްޕާ ޗުއްޕީ ކުޅުން ހަލާލުވެ އިންސާފުވެރީއެވެ. އެ މީހުން ލާދީނީއެއް ނޫނެވެ. ރާއްޖޭގެ މަސްލަހަތަށް ހެދިފައިވާ ހުރިހާ ގާނޫނުތަކެއް މުގުރާލާ ގާނޫނުއަސާސީއާއި ހިލާފަށް ކަންކަން ނިންމުންވެސް އިސްލާމީ ސައްހަ ކަމަށް ފެތުނީއެވެ. ކޮރަޕްޝްނާއި ފައިސާ ގޯނި އުފުލިކަމަށް ބަރުއަޑަކުން ބުނާ މީހުންވެސް ނަޒާހަތްތެރީއެވެ. ހަލާލީއެވެ. ގާތުގައި އެވަރުގެ ދީނީ އަމަލުތައް ކުރާ މީހުންތިބިއްޔާ ލާދީނީ ބަޔަކު ބޭނުމެއް ނުވާނެއެވެ. 

    1975 ވަނަ އަހަރުން ފެށިގެން މުސްލިމު ގައުމުތަކުގެ އުސޫލުތައް ގެއްލުވާލަން ދުނިޔޭގެ ބާރުތަކުން މަސައްކަތް ކުރަމުންދާ މަސައްކަތްތަކުގެ ބޮޅެއްގައި ހިމެނޭ ސަމޯއާ އެއްބަސްވުމުގައި 2024 ވަނައަހަރު ސޮއި ކުރުވީ ވެސް އިސްލާމް ދީނަށް ނަސްރު ދޭށެވެ. އެއީ ދީނީ ކަމެކެވެ. 2023 ނޮވެމްބަރު 14 ވަނަ ދުވަހު އިންޓަރނޭޝަނަލް ފިގުހު އެކަޑެމީއިން ސަމޯއާއި އެގްރީމަންޓަކީ އިސްލާމް ދީނުގެ އަސްލު ތަކާއި ފުށު އަރާ އެއްބަސްވުމެއް ކަމަށް ކަނޑައަޅާ މުސްލިމު ގައުމުތަކުން ބައިވެރި ނުވުމަށް އިލްތިމާސް ކޮށްފައިވަނިކޮށް ދިވެހިރާއްޖެއިން އެ އެއްބަސް ވުމުގައި 2024 ވަނަ އަހަރުގެ މިނިވަން ދުވަހާއި ގާތްވެފައި ވަނިކޮށް ޖުލައި މަހުގެ 1 ވަނަ ދުވަހު ސޮއިޖެހީ ވަރަށް ބޮޑަށް ދީނީ ވީމައެވެ. އެމްޑީއެންގެ ރިޕޯޓުގައި ހާސިލު ކުރުމަށް އަމާޒުހިފާފައިވާ ކަންކަމާއި މެދު ފެންނަގޮތްތަކެއްގެ ދިރާސާއެއް ހެދުމަށް 2024އިން 2025 އަށް ދިރާސީ ސާރވޭއެއް ހެދީ އިސްލާމް ދީނަށް ނަސްރު ދޭށެވެ. 

    ދަންނަވަން ބޭނުން ވާހަކައެއް ވެރިމީހާއަށް ދެންނެވި ދާނެއެވެ. ރައީސެވެ. ރައްޔިތުންނަށް މަނިކުފާނު ރަގަޅަށް އެގި ދަސްވެއްޖެއެވެ. މަނިކުފާނު އައްޔަނު ކުރީ ގާނޫނު އަސާސީ އާއި އެއްގޮތަށް ވެރިކަން ކުރާށެވެ. މަނިކުފާނު ތިޔަ ބަދަލު ކުރަނީ މަނިކުފާނުގެ ދޮގުތައް ތެދު ކުރާން އެ ގާނޫނު އަސާސީ އެވެ. މަނިކުފާނު މާތް ކަލާނގެ ގަންދީ ހުވާ ކުރެއްވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތަށް ވެރިކަން ކުރާށެވެ. ކޮންމެ މަޖިލިސް ބަންދަކާއި ދިމާކޮށް ދައުރުން ބޭރުން ބާއްވާ ސަރުކާރުގެ މަޖިލިހުން ތިޔަ ބަދަލު ކުރަނީ ދިފާއު ކުރާނެ ކަމަށް ގަންދީ ހުވާ ކުރި ރާއްޖޭގެ ދުސްތޫރެވެ.

    ގާނޫނު އަސާސީ އާއި އެެއްގޮތަށް ވެރިކަން ކުރަނީއެއް ނޫނެވެ. މަނިކުފާނަށް އުޅެން އެންމެ ފަސޭހަ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރަނީއެވެ. އެކަމަކު އަދިވެސް ލާދީނީ އިދި ކޮޅެވެ. މަނިކުފާނު ތިޔަ ހުންނެވީ ލާދީނީ ވެފައެއް ނޫނެވެ. ލާދީނީ އަދި ލާ ގައުމީ ވެފައެވެ. މަނިކުފާނާއި އަދި މަނިކުފާނާއި އެއްހަމައެއްގައި އަރިހުގައި ތިޔަ ގެންގުޅުއްވާ އަޅު ކުދިންނާއި ގާނޫނު އަރާ ހަމަކުރާނެއެވެ.

    ބިރުވެތި ވާށެވެ. الله ވަޙީ ކުރައްވާފައިވަނީ “كُن فَيَكُونُ” އެވެ. އެހެންކަމުން ދޮގާ މަކަރާއި ދުރުހެލި ވާށެވެ. އަދުލު ވެރިވާށެވެ. އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ކުރާށެވެ. ނުވާނަމަ އަވަހަށް ދުރަށް ވަޑައިގަންނަވާށެވެ. ނޭގޭކަން އެނގުމަކީ ވެސް އެނގުމުގެ ބާވަތެކެވެ. ނަމަވެސް ނޭގޭކަންވެސް ނޭގުމަކީ ގާފިލުކަމެކެވެ. ހުދުމުހުތާރު ވުމެކެވެ.

    ]]>
    Mon, 12 Jan 2026 12:56:01 +0500 މުއާޒު
    ނަޝީދު ވެސް ގޮވާލީ ނަތަންޔާހޫގެ ތަސައްވުރު ތަންފީޒު ކުރަން؟ https://heerasnews.com/3794 https://heerasnews.com/3794 އިރާނުގެ ވެރިކަން ހިމާޔަތް ކުރަން ނުޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވުމަކުން ހައިރާނެއް ނުވެއެވެ. ހުރިހާ މުސްލިމުންނާއި ބައިނަލްއަގުވާމީ މުޖުތަމައުން އިރާނުގައި މަގަށް ނިކުމެގެން އުޅޭ މީހުންނަށް ބާރުދޭން ގޮވާލާ ގޮވާލުމުގެ ފަހަތުގައި އޮތީ ކޮންކަމެއްކަން ގިނަ މީހުނަށް އެނގެއެވެ.

    އީރާނުގެ ރައްޔިތުންގެ ތެރެއިން ބަޔަކު މަގުމައްޗަށް ނުކުމެ އުޅެނިއްޔަކީ ދިރިއުޅުމުގެ އަގު ބޮޑުވެގެނެއް ނޫނެވެ. ދިގު ޒަމާންތަކެއް ވަންދެން ކުރިއަށް ގެންދިޔަ ފިއްތުންތަކުން ކަރާމާތް ގެއްލިގެނެއްވެސް ނޫނެވެ. އީރާނުގައި މިހާރު ހިންގާ މުޒާހަރާތަކުގެ  ބޭނުމަކީ އިޒްރޭލާއި އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނަށް ގެނައުމެވެ. 

    ގާޒާގައި އިޒްރޭލުން ހިންގި ނަސްލު ނައްތާލުމުގެ އުދުވާނުގައި އިޒްރޭލާ ދެކޮޅަށް ހަމަލާދީ މުސްލިމުންގެ ހައްގުގައި ތެދުވި ހަމައެކަނި ގައުމަކީ އީރާނެވެ. އީރާނުގެ ބާރު ގަދަކަމުން އީރާނުގެ އެތެރެ ހަމަނުޖެހުމަކަށް ދުއްވާލަން ކުރެވުނުހާކަމެއް އަންނަނީ ކުރަމުންނެވެ. އިރާނުގެ މިހާރުގެ ވެރިކަމާ ދެކޮޅަށް ޝަހުޔޫނީން އެތިބީ އެކިކަހަލަ ފަލީތާ ލައިގެން އީރާނުގެ ބާރު ކަނޑުވާލަން ކެތް މަދުވެފައެވެ. 

    މޮސާޑާއި ސީއައިއޭގެ ކެހިވެރި ދަލުގައި އީރާނުގެ ބަޔަކު ޖައްސައިގެން އެކުރާ މަސައްކަތަކީ ގަސްވެރިޔާ ލައްވާ ގަސްކެނޑުވުމުގެ މަސައްކަތެވެ. ފަހަރެއްގައިވެސް އެއްޔަކީ ނޭނގި ހިނގަމުންދާ ކަމެއްނޫނެވެ. މޮސާޑާއި ސީއައިއޭގެ އެޖެންޓުން ލައްވާ ގައުމުތައް ކެއްކުވުމަކީ އައުކަމެއް ވެސް ނޫނެވެ. 

    2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އޮތް އދ ގެ 79 ވަނަ އާއްމު މަޖިލީހުގައި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަ ރައީސް ނަޝީދު ވެސް ކަނުލާ އަޑު އަހާނެއެވެ. އިރާނުގެ ރައްޔިތުންނަށް އޭނާ ދިނީ ކޮން މެސެޖެއްކަން ރަނގަޅަށް އެނގޭނެއެވެ. އިރާނުގެ ވެރިންނާއި މެދު ދެކޭގޮތާއި ރައްޔިތުން އަމަލު ކުރަންވީ ގޮތް އދގެ ޖަލްސާގައި ނަތަންޔާހޫ ސާފުކޮށް ކިޔެވެ. އޭރުން ވާނެ މޮޅު ގޮތްތަކެއްގެ ވާހަކަ ވެސް ދެއްކި ނޫން ހެއްޔެވެ. 

    މިހާރު އީރާނުގެ ތެރެއިން ފެންނަމުން އެ ދަނީ ނަތަންޔާހޫގެ ތަސައްވުރުގެ ތަންތަން ކޮޅެވެ. އެމަގުން ކަން ހިނގަންޏާ އާހިރުގައި ކަން ނިމޭނީ އިޒްރޭލްގެ ގޮނޑިކޮއްކޮ ސަރުކާރެއް އީރާނަށް ގެނެސްގެންނެވެ. ނަތަންޔާހޫ އެބުނާ ތަރައްގީއާއި ސުލްހަޔާއި އަމާންކަން ގެނެސް ނިމޭއިރު މުޅި އިސްލާމީ އުންމަތް އޮންނާނީ އަތްފައިނެތް ކޮންމަސް ބުރިއެއްގެ ގޮތުގައެވެ. އެންމެ ފަހުން ކޮންމެ ފަދަ ނިޔަތެއްގައި ނަމަވެސް ނަޝީދަށް ވެސް ގޮވަލެވުނީ ނަތަންޔާހޫގެ ތަސައްވުރު ތަންފީޒު ކުރާށެވެ.  

    ]]>
    Sun, 11 Jan 2026 21:28:09 +0500 މުއާޒު
    ހޮވާނީ ކަމެއްނުކޮށް މުސާރަނަގާނެ ބައެއްތޯ& ހައްގު ހޯދާދޭން އުޅޭނެ ބައެއްތޯ https://heerasnews.com/3793 https://heerasnews.com/3793 ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުން އަދި ކައުންސިލްތަކުން އާންމު ރައްޔިތަކަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަން ސަރުކާރުގެ އަމަލު ތަކުން ބުނެދެއެވެ. “ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއް ނޫން" ކަމަށް ރައީސް ވިދާޅުވުމުން އެނގިގެން ދިޔައީ ކައުންސިލްތަކުން ސަރުކާރުގެ ކިބައިން ކުރާންޖެހޭ އުންމީދެއް އޮވެގެން ނުވާނެ ކަމެވެ. 

    މީގެން ދަސްކުރަންޖެހޭ ފިލާވަޅަކީ އަތޮޅުތެރޭގެ ރައްޔިތުން ކޮންމެހެން ސަރުކާރުން ބޭނުންވާ ބަޔަކު ހޮވިޔަސް ނުހޮވިޔަސް އެ ރަށަކަށް ވާނެ ފައިދާއެއް ނެތްކަމެވެ. ރަށަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަންކަން ނުވީ ކީއްވެތޯ، ސަރުކާރު މަޖިލިސް މެމްބަރެއްގެ ގާތުއަހާލިއަސް ސުލޫކީ މައްސަލައެއް ކަމަށް ބަލާ އާދަނު ވުޒާރާއިން ސަސްޕެންޑު ކުރެވިދާނެ" ކަމަށް ސަރުކާރުގެ ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ.

    ބަޖެޓުގައި އަތޮޅުތެރޭގައި ހިންގާނެ މަޝްރޫއު ތަކުގެ މައުލޫމާތު ހިމެނުމަކީ ކުރަން ޖެހޭ ކަމެއް ނޫން ކަމަށް ސަރުކާރު މަޖިލިސް މެމްބަރުން ވަނީ ނިންމާފައެވެ. އަދި ވަކި އެއްވެސް ދާއިރާއެއްގައި ހިންގަން ފަށާފައިވާ މަޝްރޫއު އެއް ސަރުކާރު މަޖިލިސް މެމްބަރަކު ސާފު ކުރުމަށް ދައުލަތުގެ ވުޒާރާއަކަށް ގޮސްފިނަމަ އެ މެމްބަރަކު ބުލެކް ލިސްޓު ވީއެވެ. “މިހާރު އެންމެ ގިނައިން ރައީސް ގެ ފަރާތުން ލިބޭ މެސެޖަކީ”އައިމް ވެރީ ޑިސިޕޮއިންޓެޑް”ކަމަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރަކު ވިދާޅުވެއެވެ. ގާނޫން އަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކާއި އަމަލު ކުރަމުން ގޮސްފައިވާ އުސޫލުން ނަމަ މަޖިލިސް މެމްބަރުން ކޮންމެ ފަޅިއެއްގައި ތިބި ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކަން ކޮށްފައިވާ ގޮތެވެ. 

    ރައްޔިތުންގެ މަޖިލިހާއި އަތޮޅު ކައުންސިތަކާއި ރަށުކައުންސިލްތަކާއި އަންހެނުން ކުރިއަރުވާ ކޮމެޓީ ތަކަކީ އެއްބައެއްގެ ގޮތުގައި ގެންގުޅުމުގެ އެއް ނާރެހެވެ. ނަމަވެސް، މުއީޒު ތަފާތު ދައްކައިފިއެވެ. “މޯޑީ ހޭތޯ ހޯގާ” ބުނެ އަވަށް ޓެރި ގައުމެއްގެ ކެމްޕެއިން ކުރި ގޮތަށް ރާއްޖެވެސް ބަދަލުވީއެވެ. ރައްޔިތުންގެ މަޖިލީހުގެ ވަރަ ބިނދުނީއެވެ. އަތޮޅު ކައުންސިލް ނިޒާމުން ގެއްލުނީއެވެ. ރަށު ކައުންސިލްތައް ދަތްނެތް ސިންގާއަކަށް ބަދަލުވީއެވެ. ސިޓީ ކައުންސިލްތަކަކީ ސަރުކާރާއި ސީދާ މުއާމަލާތް ކުރެވޭ ތަންތަނެއް ނޫނެވެ. ހައްގެއް ހޯދަން ދާނެ ތަނެއް ނެތެވެ. 

    މިއަދުގެ ހަގީގަތަކީ މަޖިލިހާއި ސިޓީ ކައުންސިލާއި ރަށު ކައުންސިލާއި އަންހެނުންގެ ތަރަށްގީއަށް މަސައްކަތް ކުރަން ހޮވާ މީހުންނަކީ ހަމައެކަނި މުސާރައަކަށް ދާ ތަންތަން ކަމުގައިވުމެވެ. އާއިލާތަކުގެ ބޮޑުކަމާއި ސަރުކާރުން ވޯޓާއި ތާއީދަށް މޮޑޭ ފުށްގަނޑަކަށް ވީއެވެ. ރައްޔިތުންގެ މަޖިލިހަށް ލިބިދީފައިވާ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ބާރު ދޫކޮށްލާ ސަރުކާރުގެ މެމްބަރުންނަށް ވާން އެއްބަސްވެ ބަޖެޓު ހެދުމުގެ އުސޫލުތަކާއި ހިލާފަށް ފާސްކުރަން އެއްބަސްވި ހިސާބުން ސަރުކާރުގެ މަޖިލިސްމެމްބަރުންގެ ބާރު ގެއްލުނީއެވެ. އަތޮޅު ތަކުން ސަރުކާރަށް ކާމިޔާބީތަކެއް ނެތްކަން އެގުނު ހިސާބުން އަތޮޅު ކައުންސިލްތައް އުވާލުމަކީ ހުދުމުހުތާރު އަމަލެކެވެ. އެހެންނަމަވެސް މިއީ މިއަދުގެ ހަގީގަތެވެ. 

    އިންތިހާބެއްގެ ބަހާރު މޫސުމް އައީއެވެ. ސަރުކާރުން ބުނީ ސަރުކާރު ފަޅީގެ މަޖިލިސް މެމްބަރުން ހޮވީމާ އަތޮޅުތަކާއި ރަށްތައް ތަރައްގީ ވީއެވެ. ވީވައުދުތައް ނޯޓު ކޮށްލި މީހަކު ނެތެވެ. ސަރުކާރު މަޖިލިސް މެންބަރުންވެސް ތިބީ 50،000ރ ނޫނީ 75،000ރ އަށްތޯ ކޮލިފައިވަނީ އަމިއްލައަށް ސުވާލު ކޮށްލަކޮށްލައެވެ. ބިރުން ވިރިވިރި އެވެ. ކާކުދެކެ ތޯއެވެ. ވަލީއުލްއަމުރެވެ. ރާއްޖޭގެ ރައްޔިތުންގާތު އާދޭސް ކޮށްގެން ގާނޫނު އަސާސީއާއި ގާނޫނު ތަކުގައި ވާގޮތަށް ވެރިކަން ކޮށްދޭނެ ކަމަށް މާތް ކަލާނގެ ގަންދީ ހުވާކުރަމުން ވެރިކަމުގައިހުރި ހާދިމެއް ދެކެއެވެ. އާނ އެކެވެ. ވެރީންނަކީ ރައްޔިތުންނެވެ. އެ ހައްގު ގެއްލުވާލެވުނީއެވެ. ސަރުކާރުގެ ބަސްތަކާއި އަމަލުތަކުން އެގެނީ ރައްޔިތުންނަކީ ޗާބީ ދީފައި ދޫކޮށްފައިވާ ބުދު ތަކެއް ކަމެވެ. އާރެއް ބާރެއް ނެތް ބައެއްކަމެވެ. 

    ރައްޔިތުން ގެ މަޖިލިހަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ރައްޔިތުންގެ ހައްގުގައި އެއްޗެއް ބުނުން މަނާބައެކެވެ. ދައުލަތް ބޮއްސުންލިއަސް ގައުމު ބަނގުރޫޓުވިއަސް އެއްޗެއް ނުބުނެވޭނެއެވެ. ކައުންސިލް ތަކުގެ ހައިސިއްޔަތު ރައީސް ހާމަ ކުރެއްވީއެވެ. ސަރުކާރުން ރަށްރަށުގެ ރައްޔިތުންނާއި މެދު ކުރާނެ އުންމީދެއް އޮވެގެން ނުވާނެކަމެވެ. 2024އިން ފެށިގެން މަޖިލިހަކީ ސަރުކާރު މެމްބަރުންނަށް އާމްދަނީ ހޯދާ ވަޒީފާއެކެވެ. ކައުންސިލް މަގާމުތަކަކީ ސަރުކާރު ކައުންސިލަރުންނަށް އާމްދަނީ ހޯދާ ވަޒީފާއެކެވެ. އެއްވެސް ޒިންމާއެއް ނެތެވެ. ސަރުކާރުން އަންގާ ގޮތަށް އަމަލު ކުރުމަކީ އަސާސީ ޒިންމާއެވެ. ގާނޫނީ ޒިންމާއެއް ނެތެވެ. މާލޭ ސިޓީ ކައުންސިލުގައި އެޖެންޑާ ކުރާ ކަންކަމަށް ބަލާ ސަރުކާރު ފަޅިއަށް ތާއީދު ކުރާ މެމްބަރުންގެ ކަމަކީ ވޯކް އައުޓު ކުރުމެވެ. 

    ގޮތް ނިންމާނީ ރައްޔިތުންނެވެ. ގާނޫނުތަކުން ހަވާލުކޮށްފައިވާ ޒިންމާ އުފުލާނެ ރައްޔިތުންގެ މަޖިލީހެއް މިއަދު ނެތްކަމަށް ބުނުން ޖާއިޒެވެ. ރައީސް މުއިއްޒު ބަސް އިއްވައިފިއެވެ. ކައުންސިލް ތަކަކީ ސަރުކާރުގެ ފަރާތުން ކަމެއް ވާނެ ކަމަށް އުންމީދު ކޮށްގެން ވާނެ ބައެއް ނޫން ކަމެވެ.

    ރައްޔިތުން ތަމްސީލު ކުރާން މަޖިލީހަށް މި ދަނޑިވަޅުގައި ވަދެ ތިބި އިދިކޮޅު މެމްބަރުންނަށް ޝުކުރު ހައްގެވެ. އަދި ކައުންސިލް ތަކުގެ ތެރެއިން ވާދަވެރި ވިސްނުމުގެ މެމްބަރުންގެ ހިދުމަތްތަކަށް ޝުކުރު ހައްގެވެ. ހަމަ ކަށަވަރުންވެސް ކަމެއް ނުވާނެ ބަޔަކަށް މުސާރަ ދީފައި ކައުންސިލް ތަކަށް ބަޔަކު ވައްދާނީތޯ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާނެ ބަޔަކު ހޮވާނީތޯ މިއީ މިއަދުގެ ސުވާލެވެ. ހުދުމުހުތާރު ވެރީންގެ ކުރިމަތީ ހައްގުބަސް ބުނުމަކީ މަތިވެރި ޖިހާދެކެވެ

    ]]>
    Sun, 11 Jan 2026 11:30:56 +0500 މުއާޒު
    އާދަމް އާޒިމަކީ ތެދަށް އޮލަބަށް ހުންނަ ފިސާރި ލީޑަރެއް: ނަލަ ޒާހިރާ https://heerasnews.com/3792 https://heerasnews.com/3792 އަށްވަރަކަށް ގަޑިއިރު މާލޭގައި ޓެކްސީގެ ހިދުމަތް ދިނުމުގައި އުޅުއްވާ ނަލަ ޒާހިރާއަކީ ވަރަށް ގިނަ މީހުންނާ ދިމާވެ, ވަރަށް ގިނަ ކަންތައްތަކާ ދިމާވާ ކަނބަލެކެވެ. ނަލަ ޒާހިރާ ވިދާޅުވާ ގޮތުގައި 18ގަޑިއިރު އިސްޖެހި ގިއްގެޅި، ކޮރުކޮށް، ކަތިކޮށް ހިގާ މީހުނަކަށް މާލޭ މޭޔަރުކަމެއް ނުކުރެވޭނެއެވެ.

    މާލޭގެ މޭޔަރކަން ކުރެވޭނީ ތެދަށް އޮލަބަށް 18ގަޑިއިރު ބޫޓްގައި ހުންނަ ފިސާރި ލީޑަރަކަށް ކަމަށް ނަލަ ޒާހިރާ ވިދާޅުވެއެވެ. އެގޮތަށް މާލޭގެ މޭޔަރކަން ކުރެއްވޭވަރުގެ ލީޑަރަކީ އާދަމް އާޒިމުކަމަށް ނަލަ ޒާހިރާ ވިދާޅުވެއެވެ. ”އަޅުގަނޑަށް ފެނޭ މާލެއަށް އައި ބަދަލު. އަޅުގަނޑަށް ފެނުނު ވިއްސާރަ ވެހުނު ދުވަހު ހުޅުލޭގައި މީހުން ތޮއްޖެހިފައި ތިބި މިންވަރު. ކާރުވެސް ދުއްވަންޖެހެނީ ލޯންޗެއްހެން. އައިޖީއެމްއެޗް ކައިރީގައި ލޯންޗެއްހެން ކާރު ދުއްވީ. މިހާރު ދުއްވަނީ އެހެންތޯ" ޒާހިރާ ސުވާލު ކުރެއްވިއެވެ.

    ފެން ބޮޑުވުމުގެ މައްސަލަ މޭޔަރ އާދަމް އާޒިމު ހައްލުކޮށް ދެއްވުމުގެ ކުރީން މާލޭގެ މަގުތަކުގައި ކާރު ދުއްވަން މަޖުބޫރުވެފައި އޮތްގޮތް ޒާހިރާ ސިފަކޮށްދެއްވިއެވެ. ފެން ބޮޑުވުމުން މާލޭގައި ޓެކްސީތައް ދުއްވަނީ ލޯންޗެއްހެން ކަމަށް މަޝްހޫރު ޓެކްސީ ޑްރައިވަރ ގ. އާކާޝްވިލާ, އާމިނަތު ޒާހިރާ (ނަލަ ޒާހިރާ) ވިދާޅުވެއެވެ. އެހެން ނަމަވެސް އާދަމް އާޒިމްގެ މޭޔަރުކަމުގައި އެކަން ހައްލުކޮށްދެއްވާފައިވާ ކަމަށް ނަލަ ޒާހިރާ ހެކިދެއްވައެވެ.  

    އެންމެ ރީތިކޮށް އެކަން ތަޖުރިބާ ކުރެއްވޭ ބޭފުޅެއް ކަމުގައިވާ ނަލަ ޒާހިރާ ބުނަނީ މިހާރު ލޯންެޗެއްހެން, ފެންގަނޑު މަތީގައި ޗަކަޗަކަ ލައްވަމުން ފާރަށް ތިކި ބުރުވަމުން ދުއްވަން މިހާރު ނުޖެހޭ ކަމަށެވެ. އެއީ އާދަމް އާޒިމުގެ ގާބިލުކަންކަމުގައި ހާމަ ކުރައްވަމުން ޒާހިރާ ވިދާޅުވީ އާދަމް އާޒިމް ކުރެއްވި ކަމަކީ އެއީ ކަމަށެވެ.

    މާލޭގައި ފެން ބޮޑުމަށް ހައްލު ހޯއްދަވާ ދެއްވުނީ އާދަމް އާޒިމް ނޫން ކޮން މޭޔަރަކަށްތޯ ޒާހިރާ ސުވާލު ކުރައްވަމުން ވިދާޅުވީ އާދަމް އާޒިމަށްވުރެ މާލޭގެ ރައްޔިތުންނަށް އިހުލާސްތެރި ފުރިހަމައަށް މޭޔަރުކަން ކޮށްދެއްވާ މާލޭ ބަލަހައްޓަވައި ދެއްވާނެ މޭޔަރަކު ދެން އިތުރަކަށް ނުލިބޭނެ ކަމަށެވެ. 

    އާދަމް އާޒިމަކީ ރައްޔިތުންގެ އަޑުއައްސަވާ އަދި މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ ސަބަބުން ހުރި އުދަނގޫތަކާއި ދަތިތައް އޮޅުން ފިލުއްވާ ބޭފުޅެއް ކަމަށާއި އާދަމް އާޒިމަށް ހިތް ދެއްވުނީ ރާއްޖެއިން ފެނިގެންދިޔަ ހުރިހާ ލީޑަރުންނަށްވުރެ ގާބިލު ބޭފުޅަކަށް އާދަމް އާޒިމް ވާތީ ކަމަށް ނަލަ ޒާހިރާ ވިދާޅުވިއެވެ.

    ]]>
    Sat, 10 Jan 2026 18:57:32 +0500 މުއާޒު
    އިންޓަގްރިޓީއާއި ދޭތެރޭގައި ސުވާލު އުފެދޭކަމެއް ނުކުރަން: އާދަމް އާޒިމް https://heerasnews.com/3791 https://heerasnews.com/3791 މާލެ ސިޓީ މޭޔަރ އާދަމް ޢާޒިމް ސޮއި ކޮއްފައި މިވެނި މީހަކަށް މިވެނި ބިމެއް ދޭން ބުނެފާ އޮތް އެއްޗެއް މާލެ ސިޓީ ކައުންސިލްގައި ނޯންނާނެކަމަށް މާލެސިޓީ މޭޔަރ އާދަމް އާޒިމް ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި ވިދާޅުވެއްޖެއެވެ. 

    ގަވައިދާ ހިލާފަށް ސިޓީ ކައުންސިލުން މޭޔަރ އާދަމް އާޒިމް ބިންތަކެއް ވަކި ބަޔަކަށް ދޫކުރައްވާފައިވާކަމަށް ތުހުމަތު ކުރައްވާ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ކައުންސިލަރ ނަހުލާ އަލީ ދައްކަވަމުން ގެންދަވާ ވާހަކަތައް ދޮގުކުރައްވާ މޭޔަރ އާދަމް އާޒިމް ވިދާޅުވީ " އަޅުގަނޑު އާދަމް އާޒިމް ސޮއި ކޮއްފަ މިވެނި މީހަކަށް މިވެނި ބިމެއް ދޭން ބުނެފަ އޮތް އެއްޗެއް މިތާކު (ސިޓީ ކައުންސިލްގައި) ނޯންނާނެ" ކަމަށެވެ. 

    އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް އަންގަވާފައިވެސް ނޯންނާނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ. މޭޔަރ އާދަމް އާޒިމް އެއްވެސް ބިމެއް ދީފައިވެސް ނޯންނާނެ ކަމަށް އާދަމް އާޒިމް ވިދާޅުވިއެވެ.

    ކައުންސިލް ނަހުލާ އަލީ އާއި މުހާތަބު ކުރައްވާ ވަރަށް ސާބިތުކަމާއެކު މޭޔަރ އާދަމް އާޒިމް ވިދާޅުވީ "އެހެންއޮތް ސައްހަ އެއްޗެއް އޮތިއްޔާ އަޅުގަނޑާ ހިސާބަށް ގެންނަވާ! އަޅުގަނޑު ވަގުތުން އިސްތިއުފާދީފަ ގެޔަށް ދާނަން" ކަމަށެވެ.

    " އަޅުގަނޑުގެ އިންޓަގްރިޓީ އާއި ދޭތެރޭ ސުވާލު އުފެދޭކަމެއް އަޅުގަނޑު ނުކުރާނަން މީތާ އިނދެގެނެއް" މޭޔަރ އާދަމް އާޒިމު ޔަގީންކަމާއެކު ވިދާޅުވިއެވެ.

    މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕޭނުގައި ސިޓިންގ މޭޔަރ އާދަމް އާޒިމަށް ރައްޔިތުންގެ ތެރޭގައި އޮތް ތާއީދު ކަނޑުވާލުމަށް ސާބިތު ނުހިފޭ ދޮގު ވާހަކަ ވާދަވެރިން އަންނަނީ ފަތުރަމުންނެވެ. އެހެނެއް ކަމަކު މާލެ ސިޓީ ތަޖުރިބާ ކުރި ހުރިހާ މޭޔަރުންގެ ތެރެއިން އާދަމް އާޒިމަށް ވުރެ ހިދުމަތްތެރި މޭޔަރަކު ނުފެންނަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

    ]]>
    Sat, 10 Jan 2026 13:52:29 +0500 މުއާޒު
    ފެންނަމުންދަނީ ކަމެއްކުރަން ނޭނގޭ މީހަކާ ހަޒާނާ ހަވާލުކުރުމުން ވާގޮތް https://heerasnews.com/3790 https://heerasnews.com/3790 ފެންނަމުން މިދަނީ ކަމެއްކުރަން ނޭނގޭ އަމާނަތްތެރިކަމެއް ނެތް ބަޔަކާ ރައްޔިތުންގެ ހަޒާނާ ކުރުމުން ވާގޮތްކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރ އާދަމް އާޒިމް އެހެން ވިދާޅުވީ ސަރުކާރުން ސޮއިކޮށްފާވާ ގިނަ މަޝްރޫއުތަކެއް ނުފެށިގެން ދަނީ ކައުންސިލްތަކުން އެއްބާރުލުން ނުދީގެންކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. 

    މޭޔަރ އާދަމް އާޒިމް އެކްސްގައި އެކަމާ ގުޅޭ ގޮތުން ވިދާޅުވި ގޮތުގައި 2 އަހަރުގެ ބަޖެޓް ވަނީ ހުސްވެފައެވެ. ތަރައްގީގެ އެއްވެސް މަސައްކަތެއް ސަރުކާރުން ކޮށެއް ނުދެއްވައެވެ،

    ކައުންސިލް ތަކާހުރެ ތަރައްގީގެ މަޝްރޫއުތައް ނުހިންގިފައި އޮތްކަމަށް ވަންޏާ މަޝްރޫއުތައް ހިންގަން ރައްޔިތުން ހަވާލުކުރި 110 ބިލިޔަން ރުފިޔާ ކޮބައިތޯ މާލޭ މޭޔަރ ސުވާލު އުފައްދަވައެވެ. 

    މޭޔަރ އާޒިމް ވިދާޅުވާ ގޮތުގައި ވޭތުވެގެން މިދިޔައީ ރައްޔިތުންގެ ފައިސާ އިސްރާފު ކުރުމުގެ ދެއަހަރެވެ. 

    ކައުންސިލްތަކާ ހުރެ ތަރައްގީގެ ޕްރޮޖެކްޓްތައް ނުހިންގެވިގެން އުޅުއްވާ ކަމަށް ރައީސް ވިދާޅުވާއިރު، ކައުންސިލްގެ ރުހުން އޮތަސް ނެތަސް ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއް ކުރައްވަމުން ގެންދަވާކަމަށް ހުރިހާ ރައްޔިތުންހެން ގަބޫލުކުރެއެވެ.

    ]]>
    Fri, 09 Jan 2026 17:47:08 +0500 މުއާޒު
    ސޮއިކޮށްފައިވާ މަޝްރޫއުތައް ނުފެށިހުރީ ކައުންސިލްތަކާ ހުރެއެއްނޫން: އަލީ ނިޔާޒް https://heerasnews.com/3789 https://heerasnews.com/3789 ސަރުކާރުން ރަށްތަކުގައި ހިންގަން ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމުން ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރ އަލީ ނިޔާޒް ރައްދު ދެއްވައިފިއެވެ. ނިމިދިޔަ ދައުރުގެ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާފައިވާ އަލީ ނިޔާޒު ރައީސް މުއިއްޒުގެ ވާހަކަފުޅަށް ރައްދުދެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

    ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރ އަލީ ނިޔާޒް ވިދާޅުވާ ގޮތުގައި މަޝްރޫއުތައް ނުފެށެނީ ރައްޔިތުންނާ މަޝްވަރާކޮށް 5 އަހަރު ދުވަހަށް ފާސްކޮށްފައި އޮންނަ ޕްލޭނަށް ބެލުމެއްނެތި ހިތުހުރިހާ ގޮތަކަށް މަޝްރޫ އިއުލާން ކުރާތީ ކަމަށެވެ.

    އަލީ ނިޔާޒް ވިދާޅުވާ ގޮތުގައި މަޝްރޫއުތައް ހިންގުވުމަށް ކައުންސިލް  ތަކަށް ކޮންމެހެން ސަރުކާރު ކެނޑިޑޭޓުން އަންނާކަށް ނުޖެހެއެވެ. މުހިންމުކަމަކީ ދައުލަތުން ދޭންޖެހޭ ފައިސާ ދީފައި ރައްޔިތުން ބޭނުންވާ ޕްލޭން ތަންފީޒު ކުރުން ކަމަށް އަލީ ނިޔާޒް ވިދާޅުވިއެވެ.

    އެހެން ނަމަވެސް ރައީސް މުއިއްޒު ވިދާޅުވަނީ މީގެ ދެ މަސް ނުވަތަ ތިން މަސް ކުރިން ސޮއިކޮށްފައި ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކައުންސިލުން ބިން ހަވާލުނުކޮށްގެންނެވެ. 

    ޕީއެންސީގެ ފިކުރާ ދުރު، ސަރުކާރަށް އެކި ކަހަލަ އުނދަގޫތައް ކުރިމަތި ކުރުވާ ކައުންސިލެއް ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ހޮވައިފި ނަމަ، ވައުދުތައް ފުއްދުމަށް ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

    ]]>
    Fri, 09 Jan 2026 15:10:46 +0500 މުއާޒު
    ހެޔޮނުވާނެ ބޭކާރު ހަރަދުކުރުން ހުއްޓާލާ: ސައުދު ހުސައިން https://heerasnews.com/3788 https://heerasnews.com/3788 ބޭކާރު ހަރަދުކުރުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރ ސައުދު ހުސައިން ސަރުކާރަށް ގޮވާލައްވައިފިއެވެ. " ބޭކާރު ހަރަދުކުރުން ހުއްޓާލާ ހެޔޮނުވާނެ" ސައުދު ވިދާޅުވިއެވެ.

    ދުނިޔެ ބޮޑު ހަގުރާމައެއްގެ އަގަމަތީގައިވާ މިކަހަލަ ވަގުތެއްގައި ދިވެހި ދައުލަތުން ކުރަމުންދާ ބޭކާރު ހަރަދުތަކާއި ސްޓޭޓް އޯގަނައިޒް ކޮރަޕްޝަން ހުއްޓާ ނުލައިފިއްޔާ ދިވެހިންނަށް ކޮންމެ ފަދަ ހާލަތެއްވެސް ޖެހިދާނެކަމަށް ވިލިނގިލިލީ ދާއިރާގެ ކުރީގެ މެންބަރ ސައުދު ހުސައިން ވިދާޅުވެއެވެ. 

    އަވަހަށް ސަމާލުވާށޭ ވިދާޅުވެ ސައުދު ވިދާޅުވީ މިފަދަ ހާލަތްތަކުގައި ދުރާލާ އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ދައުލަތުގެ ވެރިންގެ ޒިންމާއެއް ކަމަށެވެ. 

    އިންތިހާ ދަރަޖައަށް ދަރަނިވެރިވެފައިވާ ދިވެހި ސަރުކާރުން ކުރާ އިސްރާފާއި ރާވައިގެން ހިންގާ ކޮރަޕްޝަނުގެ ވާހަކަ ތަކުރާރުކޮށް ދަނީ އިވެމުންނެވެ. ދުނިޔޭގެ މާލީ އިދާރާތަކާއި އިންޑެކްސް އެޖެންސީތަކުން ރާއްޖެއާއި މެދު ކަންބޮޑުވުންތައް ހާމަކުރަމުންދަނީ ކެނޑިނޭޅިއެވެ. ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވާ ވުމަށް ބާރުލިބޭ އެތައް ކަމެއް ކޮންމެ ދުވަހަކު ސަރުކާރުން ދަނީ ކުރަމުން ކަމަށް އެތައް ބަޔަކު ބުނެއެވެ.

    ސަރުކާރުގެ ހާރިޖީ މީޝަންތަކުގައި ނުކުޅަދާނަ ވަރަށް މުއައްޒަފުން ގެންގުޅުމާއި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 4000އަށް ވުރެ މައްޗަށް ގޮސްފައި އޮތްއޮތުމަކީ ކުޑަކަމެއް ނޫނެވެ. އަގުބޮޑު ޑްރޯނާއި ހަތިޔާރު ގަތުމާއި އާދަޔާ ހިލާފަށް ވުޒާރާ ގިނަވުމާއި އެތަންތަން ހިންގުމަށް ގިނަ އަދަދަކަށް ބޮޑެތި އަގުތަކުގައި އިމާރާތްތައް ކުއްޔަށް ހިފައިގެން އުޅުމަކީ ކަންބޮޑުވާ ކަންކަމެވެ.

    ބޭނުންވާ ވަރަށްވުރެ އިތުރަށް އެސްއޯއީތަކުގައި މުއައްޒަފުން ގެންގުޅުމާއި މިހާރުން މިހާރަށްވެސް ނުހިއްކާ ޥާން އޮތް ރަސްމާލެ ހިއްކުން ފަދަ ބޮޑެތި އިސްރާފާއި ކޮރަޕްޝަނަކީ ކުދިކުދި ކަންކަމެއް ނޫނެވެ.

    ]]>
    Thu, 08 Jan 2026 17:45:00 +0500 މުއާޒު
    ދެ ރައީސުންނާއި މުޅި އެމްޑީޕީ ޝާހިދު ފަހަތަށް؟؟ https://heerasnews.com/3787 https://heerasnews.com/3787 ކަފިކަފި ވެފައިވާ އެމްޑީޕީ ބާރުގަދަ އިދިކޮޅު މައިޕާޓީގެ ގޮތުގައި އޮތުމަށް ދެ ރައީސުން ތިއްބެވީ އަތުގުޅުއްވައިގެން ކަމަށް ގަބޫލު ކުރެވެއެވެ. ދެ ރައީސުން އަތުގުޅާލެއްވުމަކުން އެކަނި މުޅި އެމްޑީޕީ އެކަތި ގަނޑަކަށް ވެދާނެ ކަމަކަށްވެސް ތަޖުރިބާކާރުން ނުބުނެއެވެ. 

    ފަހަތަށް ޖެހެންޖެހޭ ހާލަތްތަކުގައި ފަހަތަށް ޖެހުމަކީ އެމްޑީޕީއަށް އައުކަމެއް ނޫނެވެ. އަމްދުން ރައީސް ސޯލިހާއި ރައީސް ނަޝީދަށް އެއްޔަކީ ނުކުރެއްވޭ ވަރުގެ ކަމެއްވެސް ނޫނެވެ. އެމްޑީޕީ ބާރުވެރިވާން އޮތީ ގޮތްދޫކުރައްވާ އެކުގައި މަސައްކަތް ކުރައްވައިގެން ކަމަށް ގަބޫލު ކުރައްވާ ދެ ރައީސުން އެ ތިއްބެވީ އަމާން ދެއްވައިގެންނެވެ. މާޒީގެ ފިޔަވަޅުމަތީގައި ހުއްޓި ނުތިއްބަވާ ގޮތަށެވެ. އެމްޑީޕީއަށާއި ގައުމަށްވެސް އެންމެ މަސްލަހަތު ބޮޑު ފައިދާ ހުރި ގޮތަކީ އެއީއެވެ. 

    ދެ ރައީސުން އެކުގައި ސިޔާސީ މަސައްކަތް ކުރައްވަން ނިންމެވިޔަސް އެމްޑީޕީ އެއް މިސްރާބަކަށް ގެންދިޔުމަށް އެމްޑީޕީއަށް ލީޑަރަކު ބޭނުމެވެ. އެކުގައި މަސައްކަތް ކުރައްވަން ނިންމެވި ދެ ރައީސުންކުރެ ރައީސަކު މިވަގުތު ލީޑް ކުރެއްވުމަކީ މުޅި އެމްޑީޕީ އެކަތި ގަނޑަކަށް ވެދާނެ ކަމަކަށް ގިނަ ބަޔަކު ނުދެކެއެވެ. 

    ކުރީން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އެއްވެސް ބޭފުޅަކު ޕާޓީ ލީޑަރަކަށް ވެވަޑައިގިތުމަށް ނޭދޭ އެތައް ބަޔަކު އެމްޑީޕީގައި މިވަގުތު އެބަތިއްބެވެ. ހަމަ އެހެން ރައީސް ސޯލިހު ނޫން ބޭފުޅަކު ޕާޓީ ލީޑަރ ކަމުގައި ވެވަޑައިގަތުމަށް ނޭދޭ އެތައް ހާސް ބަޔަކުވެސް އެބަތިއްބެވެ. އަނެއްކޮޅުން އެމްޑީޕީގެ ލީޑަރުކަން ކުރެވޭނީ ރައީސް ނަޝީދަށް ކަމަށް ގަބޫލުކުރާ މީހުންވެސް މަދެއްނޫނެވެ. 

    އެހެން އެކަން އޮއްވާ އެމްޑީޕީގެ މިހާރުގެ ރައީސް ޝާހިދާއި އެންމެ ފަހުން ޗެއަރޕާސަންކަން ކުރެއްވި ފައްޔާޒު އެމްޑީޕީގެ ލީޑަރުކަން ކުރެއްވުމަށް ބޭނުންވާ މީހުން މެންބަރުންގެ ތެރޭގައި އެބަތިއްބެވެ. އެހެން ކަމުން ޕާޓީ އޮތީ ވަރަށް ބޮޑަށް ކަފިކަފި ވެފައެވެ. ކަން އެހެން ހުރުމުން އެމްޑީޕީއަށް މި ވަގުތަށް އެންމެ މުހިންމީ ޕާޓީގެ ލީޑަރ ދެއްކުމެވެ. 

    ކަންކަން އެހެން އޮތަސް މިހާރުވެސް އެމްޑީޕީގައި ގާނޫނީ ރައީސަކު  އެބަހުއްޓެވެ. އެމްޑީޕީގައި ރައީސަކީ ސިޔާސީގޮތުން ޕާޓީގެ އެންމެ އިސްފަރާތެވެ. އެހެންކަމުން އެމްޑީޕީގައި ލީޑަރަކު ނެތޭ ބުނެވޭކަށްވެސް ނެތެވެ. 

    އަނެއްކޮޅުން އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުއްލާ ޝާހިދަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސިޔާސީ ޝަހުސިއްޔަތެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމާއި މެންބަރުކަމާއި އެތައް ފަހަރަކު ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އދ މަޖިލީހުގެ ރައީސްކަން ވެސް ޝަހިދު ވަނީ ކުރައްވާފައެވެ. ޝާހިދަކީ ރާއްޖެ އާއި ދުނިޔެ ރަނގަޅަށް ދެނިވަޑައި ގަންނަވާ ވަރަށް ސަމަންތަރު ހެޔޮ ސިޔާސީ ބޭފުޅެކެވެ. 

    އެހެން ކަމުން ދެ ރައީސުންގެ ލަފަޔާއި އިތުޝާދާއި އެއްބާރުލެއްވުމާއި އެކު އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ފަހަތްޕުޅަށް މުޅި އެމްޑީޕީ އެރުމަކީ މިހާރުން މިހާރަށްވެސް އޮތް ހައްލެކެވެ. އެއަށްވުރެ ވަކީން މޮޅުގޮތެއް އެމްޑީޕީ ބާރުވެރިވުމަށް މިވަގުތު ނެތްކަމަށް ބުނާ މީހުން ވެސް މަދެއްނޫނެވެ.

    އެހެން ނޫނީ ދެ ބުޅަލުމުގެ އަރާރުމުގައި މަކުނު ބޯކިބާ ޖަހައިގަންނަ ގޮތަށް 2028 އެމްޑީޕީއަށް ގެއްލިދާނެއެވެ. ގެއްލުމުގެ ކުރީން މުޅި އެމްޑީޕީ ޝާހިދުގެ ފަހަތަށް އަރާ ބާރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި އޮވެ ރައީސް މުއިއްޒު ހުއްޓުވަން ޖެހެއެވެ.

    ]]>
    Wed, 07 Jan 2026 15:45:05 +0500 މުއާޒު
    ދަތުރުފަތުރުގެ ތަސައްވުރު ހަގީގަތަކަށްހެދި އާރުކާޓީއަކީ އާދަމް އާޒިމް https://heerasnews.com/3786 https://heerasnews.com/3786 ދަތުރު ފަތުރުން ގުޅާލުމަކީ އެމްޑީޕީގެ ތަސައްވަރެކެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ހިންގަން ފެށި ދަތުރު ފަތުރުެ ނިޒާމް ވެއްޓުނު ވެރިކަމަކާއެކު ފްލޮޕްވެގެން ދިޔައީއެވެ. އޭރު ދަތުރުފަތުރުގެ ނިޒާމް ހިންގަން އުޅުނުގޮތުން އެކަންވެގެން ދިޔައީ ކޮރަޕްޝަނާއި ނާޖާއިޒު މަންފާ ބަޔަކު ނަގަން ލިބުނު ފުރުސަތަކަށެވެ. 

    އެމްޑީޕީގެ ދަތުރުފަތުރުގެ ނިޒާމުގެ ތަސައްވަރު ހަގީގަތަކަށް ހަދައިދިނީ އެމްޑީޕީގެ ދެވަނަ ވެރިކަމުގައެވެ. އާރުޓީއެލްގެ ނަމުގައި ވަށާޖެހޭ ދަތުރު ފަތުރުގެ ނިޒާމެއް ފަރުމާކޮށް ހިންގާލީ ރައީސް ސޯލިހުގެ ވެރިކަމުގައެވެ. ވަޔާއި ކަނޑާއި އެއްގަމުގެ ދަތުރު ފަތުރުގެ ވިއުގައެއްގެ ތެރެއިން މުޅި ރާއްޖެ ގުލާލުމުގެ އަމަލީ މަސައްކަތް ފަށާ ހިންގައި ގަތުމަކީ ރައީސް ސޯލިހުގެ ވެރިކަމުގައި އެމްޑީޕީއަށް ކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބެވެ. 

    ދަތުރު ފަތުރުން ގުޅާލުމުގެ އެމްޑީޕީގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ އާރުކާޓީއަކީ އާދަމް އާޒިމެވެ. އާދަމް އާޒިމުގެ މުރާލިކަމާއި ކަމަށް ކަމޭހިތުމާއި އަމާޒަށް ވާސިލުވުމުގެ ކެރުންތެރި ކަމަކީ އާރުޓީއެލް ކާމިޔާބު ވުމުގެ ސިއްރެވެ. 

    ބޮޑެތި ރަށްރަށުގައި ބަހުގެ ހިދުމަތް ޝެޑިއުލްކުރެވިގެން ފަސޭހަ ކަމާއެކު ލިބިދިނެވެ. ހައިސްޕީޑް ފެރީގެ ހިދުމަތް ހެޔޮ އަގުގައި ފަސޭހަކަމާއެކު ރައްޔިތުންނަށް ދޭންފެށިއެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ އެތައް ރަށެއް ހައިސްޕީޑް ފެރީން ވަނީ ގުޅާލެވިފައެވެ. ސްކޫލް ކުދިންނާއި އިސްރަށްވެހިންނަށް އާރޓީއެލުން ހިދުމަތް ދެނީ ހިލެއެވެ. ބޮޑު އަގުގައި އެއްރަށުން އަނެއް ރަށަށް ރައްޔިތުމީހާ ކުރި ދަތުރުގެ އަގު އެތައް ސަތޭކަ ގުނައަކުން ކުޑަވެ ހައިސްޕީޑްގައި ހަލުވިކޮށް އަރާމުކޮށް ކުރެވޭނެ ގޮތް ހަަދާދިނެވެ. 

    ވައިގެ މަގުން ގުޅުވާލުމަށް ބޭނުންވާ އެއަރޕޯޓްތައް އެޅުމުގެ މަސައްކަތްވެސް ބާރު ސްޕީޑް ކުރިއެވެ. ބައެއް އެއަރޕޯޓެއް ނިންމާ އަނެއްބައި އެއަރޕޯޓްގެ މަސައްކަތް ބާރަށް ކުރިއަށް ގެންދިޔައެވެ. އެއަރޕޯޓް އަޅަން ބޭނުންވާ ބިންހިއްކުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށް ދިޔައެވެ.

    އެމްޑީޕީގެ ދަތުރުފަތުރުން ރާއްޖެ ގުޅާލުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އާދަމް އާޒިމަކީ ނަންބަރ ވަންއެވެ. އާދަމް އާޒިމްގެ މޭސްތިރިކަމުގެ ދަށުގައި އާރުޓީއެލް ވިއުގަ ގާއިމުކޮށް ދަތުރުފަތުރުން މުޅިރާއްޖެ ގުޅާލެވޭނެ ކަމާއި ރައްޔިތުން ރަށު ބަންދުން ވީއްލޭނެގޮތް އަމަލީ ގޮތުން އެވަނީ ސާބިތުކޮށް ދައްކަދީފައެވެ. ނަތީޖާ ނެރެ އަމާޒަށް ވާސިލުވާން ބޭނުންވާ އެކަކުވެސް މާލެސިޓީ މޭޔަރަކަށް އާދަމް އާޒިމު ނޫން މީހަކު ހިޔާރެއް ނުކުރާނެއެވެ. 

    ]]>
    Wed, 07 Jan 2026 12:03:38 +0500 މުއާޒު
    ރާއްޖޭގައި އޮތް އެންމެބޮޑު ކެސިނޯއަކީ ރައްޔަތުންގެ މަޖްލިސް: ރީކޯ https://heerasnews.com/3785 https://heerasnews.com/3785 ރާއްޖޭގައި އޮތް އެއްމެބޮޑު ކެސިނޯ އަކީ ރައްޔަތުނގެ މަޖިލީހޭ ބުނުމަކީ ކުށެއް ކަމަށް ކަނޑައަޅަށްދެން އެހެން ކިޔާނެ ކަމަށް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ. ވެރިންގެ އަތުން ފައސާ ނަގައިގެން ގާނޫނުއަސާސީ ކޮށާ ކުދިކޮށް ދައުލަތުގެ ހުރިހާ ބާރެއް ރައީސްގެ އަނބޮޑިއަށް ޖަމާކޮށްދިނުމަކީ މަޖިލީހުގައި ޖުވާކުޅުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއެވެ. 
    ގިޔާމަތް ދުވަސް އަންނާނެކަން ގަބޫލުކުރާ ބަޔަކު އިންޓަރނެޓުގައި ކުޅޭ ޖުވާ އެކަނި ހަރާމް ކަމެއްގެ ގޮތުގައި ކަނޑައަޅާ ގާނޫނެއް ހެދިޔަސް މާތް ރަސްކަލާނގެ ރަސްކަންފުޅަށް ކަންކަން އޮޅުވާ ނުލެވޭނެ ކަމަށްވެސް ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.
    ރީކޯ މޫސާ މަނިކު އެހެން ވިދާޅުވީ ޖުވާކުޅުމަކީ ގާނޫނީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހުގައި ކުރެވުނު ބަހުސްގައި " މުޅިން ވެސް ދިމާވަނީ ޖުވާކުޅެގެން ހަޔާތް ބަރުބާދުވެފައި ތިބޭ މީހުންނާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރ އަހުމާދު އަޒާނު ވިދާޅުވުމުން ރައްދު ދެއްވުމުގެ ގޮތުން މޫސާ މަނިކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
    ރީކޯ މޫސާ މަނިކު ވިދާޅުވަނީ ހަލާލުގޮތުގާ ތިމާއަށް މަސައްކަތް ކޮށްގެން ރިޒްގު ހޯދެން އޮއްވާ، އެ މަގު އިހުތިޔާރުނުކޮށް ތިމާއަށް ގިނަ ފައިދާ ހޯދުމުގައި އަތަށް ލިބޭ ކުޑައެއްޗަކުން ކުއްލިއަކަށް މުއްސަނދިކަން ހޯދަން ފައިސާ ވިޔަސް ނޫސްވެރިކަމުން އެތައް ބައެއްގެ އަބުރު ކަތިލައިގެން ވެސް ހަރާމެއް ހަލާލެއް ނުބަލާ މަގާމާއި ބޮޑު މުސާރަ އާއި ވޯޓާ ގަނެގެން އެތައް ބައެއްގެ ހައްގުތައް ފޭރިގަނެގެން މުއްސަނދި ވީމާ އެވީ ހަމަ ޖުވާކުޅެގެން މުއްސަނދިވެ ބާރުހޯދުން ފަދަ ކަމެއް ކަމަށެވެ.
    ދަވްލަތުގައި ހުރި ރައްޔިތުގެ ފައިސާއިން ބަޔަކަށް މުސާރައާއި  ވަޒީފާތައް ދީގެން ރައްޔަތުން ކުރިމައްޗަށް ގޮސް ރުހުން ހޯދައގެން ލިބެންއޮތް ވޯޓެއް ހޯދާ ރައްޔަތުން ބަނޑަށް ޖައްސާފާ ވެރިކަމަށް އެރުމަކީ ޖުވާގެ އެންމެ މަތީ ފެންވަރުގެ ހަރާމް ކަމަކަށް ނޫނީ ނުވާނެ ކަމަށް މޫސާ މަނިކު ވިދާޅުވިއެވެ.  
    ]]>
    Tue, 06 Jan 2026 11:18:18 +0500 މުއާޒު
    ކައުންސިލް އިންތިހާބާއެކު ފެންނަ / ނުފެންނަ ވޯޓެއް ނެނގިގެން ނުވާނެ! https://heerasnews.com/3784 https://heerasnews.com/3784 ‏ރައްޔިތުން ބޭނުންނަމަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަކީ ފަހަރުގައި ރަނގަޅުކަމަކަށް ވެދާނެއެވެ. ދެ އިންތިހާބު އެއްކުރުން ނޫން ގޮތެއް އޮތްކަމަށް ދެކިގެން އުޅޭ ބަޔަކަށް ދެ އިންތިހާބު އެއްނުކޮށެއް ލޮލުފިޔަ ނުޖެހިދާނެއެވެ.

    ކިތަންމެ ބޭނުންވިޔަސް އެކަހަލަ ކަމެއް ކުރަންވާނީ ރައްޔިތުން އެކަމަށް ބޭނުން ވާނަމައެވެ. ކަމެއްގައި ރައްޔިތުން ދެކޭގޮތް އެނގޭނީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ.

    ފެންނަ / ނުފެންނަ ވޯޓަކީ އާއްމު އިންތިހާބު ކަހަލަ އިންތިހާބެއް ނޫނެވެ. އާއްމު އިންތިހާބަކީ ވާދަވެރި ބައެއްގެ ތެރެއިން ވަކި ބަޔަކު ނުވަތަ މީހަކު ހޮވުމަށް ބާއްވާ އިންތިހާބެކެވެ. ވަކި ވަކި ފަރުދުންގެ ޒާތީ މަސްލަހަތާއި އާއްމު އިންތިހާބާއި ގުޅުން އޮވެއެވެ. ފެންނަ / ނުފެންނަ ވޯޓަކީ ކަމެއްގައި ރައްޔިތުން ދެކޭގޮތް ބެލުމުގެ ވޯޓެކެވެ. ފެންނަ / ނުފެންނަ ވޯޓެއްގައި ވަކިވަކި ފަރުދުންގެ ޒާތީ މަސްލަހަތާ ސީދާ ގުޅުމެއް ނޯވެއެވެ.

    އެއްގޮތް ނޫން ދެ ވޯޓެއް އެކީގައި ނެގުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ލޯކަލް ކައުންސިލްގެ އިންތިހާބާއެކު ދެއިންތިހާބު އެއްކޮށްލުމުގެ ފެންނަ / ނުފެންނަ ވޯޓު ނަގަން އުޅުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވަނީ މުޅި ގައުމުގެ އެންމެންގެ މެދުގައި އެއް ބަޔެއްގެ ތެރެއިން ހޮވާ އެއްބައެއް ނޫނެވެ. ސިޓީ ތަކާއި ރަށްރަށުގައި ހޮވަނީ އެތަނަކަށް ހޮވާ ވަކި ބައެކެވެ.

    ސަރަހައްދު ތަކަށް ވަކީން ހާއްސަކޮށްގެން ބާއްވާ އިންތިހާބަކާއި މުޅި ގައުމުގައި ނަގާ ފެންނަ / ނުފެންނަ ވޯޓެއް އެއްކޮށްލައިގެން ބޭއްވިގެން ނުވާނެއެވެ. ލޯކަލް ކައުންސިލް އިންތިހާބަކާއި ފެންނަ / ނުފެންނަ ވޯޓެއް އެއްކޮށްލައިފި ނަމަ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ ސަރަހައްދެއްގައި މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ އަސަރު ފެންނަ / ނުފެންނަ ވޯޓުގެ ނަތީޖާއަށް ކުރާނެއެވެ.

    ފެންނަ / ނުފެންނަ ވޯޓުގެ ސައްހަކަމާއި މިނިވަންކަމާއި އިންސާފުވެރި ކަމާމެދު ޝައްކު އުފެދޭނެއެވެ. ޒާތުގައި އެއްގޮތް ނޫން ދެ ވޯޓެއް އެކުގައި ބޭއްވުމަކީ އަދުލުވެރިކަން ގެއްލޭނެ ކަމެކެވެ.

    ]]>
    Mon, 05 Jan 2026 17:41:17 +0500 މުއާޒު
    ކިޔަވަން ޓައީ އެޅުމާއި ކިޔަވައިގެން ޓައީ އެޅުން https://heerasnews.com/3782 https://heerasnews.com/3782 80ގެ އަހަރުތަކުގައި ސްކޫލްކުދިންގެ ޔުނީފޯމް ޓާއީ އާއެކު ހުންނަނީ އަންހެން ކުދިންގެ އެކަންޏެވެ. އީޕީއެސް ނޫން އެހެން ހުރިހާ ސްކޫލެއްގެ އަންހެން ކުދިންގެ ޔުނީފޯމްގެ ހެދުމަކީ ކަކުލުން ތިރިއަށް ދެ އިންޗި ހުންނަވަރުގެ ރޫބައިލީ ތިރިއަކާ ގުޅިފައި ހުންނަ ގިރުވާންލީ މައްޗެކެވެ. ކުލަޔަކީ ސާފު ހުދެވެ. އެއަށް ގިރުވާންލީ ހުދު ހެދުން ބުރިއެކޭ ކިޔަމާ ހިނގާށެވެ. 

    ކޮންމެ އަންހެން ކުއްޖެއްގެ ޔުނީފޯމް ފުރިހަމަވަނީ ސްކޫލުގެ ކުލައިގެ މޭކޮޅަށް އަންނަވަރުގެ ކުރު ޓައީއަކާއެކުގައެވެ. ސްކޫލު ބެޖް ހުންނަނީ ކޮންމެ ކުއްޖެއްގެ ޔުނީފޯމްގެ މޭމަތީ ޖީބުގައެވެ. ހުރިހާ ސްކޫލެއްގެވެސް ޔުނީފޯމްގެ ކުލައަކީ ހުދެވެ. ފިރިހެން ކުދިންގެ ފަޓްލޫނު ނުވަތަ ފަޓްލޫނު ބުރި ހުންނަނީ އާއްމުކޮށް ކަޅުކުލައިންނެވެ. ބައެއް ސްކޫލްތަކުގައި ފަޓްލޫނު ނުވަތަ ފަޓްލޫނު ބުރި ސްކޫލުގެ ކުލައިން ބޭނުންކުރެއެވެ. 

    ފެންނަ ފެނުމަށް ޔުނީފޯމްގައި ހުރުމުން ކޮންމެ ކުއްޖަކީވެސް ކިޔަވާ ކުއްޖެއްކަން ކިތަންމެ ދުރުންވެސް އެނގޭނެއެވެ. ކޮން ސްކޫލެއްގެ ކުއްޖެއްކަން އެނގޭނީ އަންހެން ކުދިންގެ ޓައީގެ ކުލައިންނާއި ބެޖުންނެވެ. ފިރިހެން ކުދިންގެ ބެޖާއި ފަޓްލޫނުގެ ކުލައިންނެވެ. 

    ސްކޫލްތަކުގެ ފިރިހެން ކުދިންގެ ތެރެއިން ފުރަތަމަ ޓައީ އަޅަން ފެށުނީ ބައެއް ސްކޫލްތަކުގެ ޕްރީފެކްޓުންގެ ކަރުގައެވެ. އޭގެފަހުން ފިރިހެން ކުދިންގެ ޔުނީފޯމްގެ ބައެއްކަމުގައި ޓައީ މަޑުމަޑުން ވަމުން ވަމުންގޮސް ޓައީ އާއި ނުލާ ޔުނީފޯމް ފުރިހަމަ ނުވާކަމަށް ގަބޫލުކުރެވޭ ހިސާބަށް ޓައީ އާއްމު ވީއެވެ. މިހާރުގެ ޢާއްމު ވިސްނުމަކީ ޓާއީ ނާޅައެއް ނުކިޔެވޭނެއެވެ. ކިޔަވައިގެން ނިކުމެ ޓައީ ނޭޅުނަސް ކިޔަވަންވާނީ ޓައީ އަޅައިގެންނެވެ. 

    ގިނަ މީހުންގެ ވިސްނުމަކީވެސް ސްކޫލްތަކަށް ކުދިން ފޮނުވައިގެން ކިޔަވާދެނީ ޓައީ އަޅައިގެން އޮފީހެއްގައި ވަޒީފާ އަދާކުރުމަށެވެ. ޓައީ ނާޅާ އަދާކުރާ ވަޒީފާއަކީ އަގެއްހުރި ވަޒީފާއަކަށްވެސް ނުވެއެވެ. 

    ޑރ. ހަސަން ހަމީދަށް ޓައީ ސިފަކުރެއްވެނީ މާނިޔާ މަހެއް ކަރުގައި އެލުވައިގެން އުޅުން ކަމަށެވެ. ބައެއް އެހެން މީހުން ސިފަކުރާ ގޮތުގައި ޓައީ އެޅުވުމަކީ ސާހިބު މީހާއަށް ކިޔަމަން ކުރަން ކުއްތާގެ ކަރުގައި ވާޖަހާހެން ކުރެވޭ ކަމެއްގެ ގޮތުގައެވެ. ޓައީ އެޅުމަކީ ހިތުން ރުހުމުން ޖެހެވޭ ދަމެއްކަމަށް ދެކޭ މީހުންވެސް މަދެއްނޫނެވެ. ކިޔަވަން ޓައީއެޅުމާއި ކިޔަވައިގެން ޓައީ އެޅުމުގައިވެސް އޮތީ ބަނދެވުމެވެ. 

    ]]>
    Mon, 05 Jan 2026 14:45:00 +0500 މުއާޒު
    ޑްރޯން ގަތީމާ ކިޔަވާ ކުދިންނަށާއި ބޭސްފަރުވާއަށް ފައިސާއެއް ނުހުރޭ: ޝާހިދު https://heerasnews.com/3781 https://heerasnews.com/3781 ޑޮލަރުގެ ވާހަކައަކީ ތަކުރާރުކޮށްވެސް ނުދައްކާ ހުއްޓާލައިގެން ތިބެވެން އޮތް ވާހަކައެއްނޫނެވެ. ދާދިފަހުން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިހެން ރާއްޖެއަށް ލިބޭ ޑޮލަރަށް ވާގޮތް ނޭނގިގެން ރައްޔިތުން ސުވާލު ކުރެއެވެ. ނުކުރާންވީ ސަބަބެއްވެސް ނެތެވެ. 

    އޮނަރަބަލް ޝާހިދު ވިދާޅުވާހެން މައްޗަކަށް ނާރާނެކަމުގައި ރައީސް މުއިއްޒު ވިދާޅުވި ޑޮލަރު ރޭޓު 16.50 އިން 20.25 އަށް އަރައިފިއެވެ. ރައީސް މުއިއްޒު މައްޗަށް ނާރާނެކަމަށް ވިދާޅުވިޔަސް މައްޗަށް އެރިގޮތަށް ތިރިނުވެ ޑޮލަރުގެ އަގު އަރަނީ މައްޗަށެވެ. ދިވެހި ރުފިޔާގެ އަގު ވެއްޓުމަކީ ޑޮލަރގެ އަގު މައްޗަށް އެރުމަށް ރައީސް މުއިއްޒަށް ނުވަނީ ތާއެވެ.   

    އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވާހެން 2 މިލިއަނަށްވުރެ ގިނަ ޓުއަރިސްޓުން ހުސްވިއަހަރު ރާއްޖެ އައެވެ. ދެމިލިޔަން ޓޫރިސްޓުން އައުމުން ރާއްޖެއަށް ހެޔޮވަރުގެ އަދަދަކަށް ރާއްޖެއަށް ޑޮލަރ ވަންނާނެއެވެ. އެކަމަކު އެވަންނަ ޑޮލަރަށް ވާގޮތެއް ނޭނގެއެވެ.   

    ޓޫރިޒަމާ ގުޅުންހުރި ހުރިހާ ޓެކްސްތަކެއް ރައީސް މުއިއްޒު ބޮޑުކުރައްވައިފިއެވެ. ޝާހިދު ވިދާޅުވާހެން ރާއްޖެއަށް އައިސްފިއްޔާ ފުރެނީވެސް ކުރިއަށްވުރެ މާ ބޮޑަށް ޓެކްސް ދައްކައިގެންނެވެ. އަނެއް ކޮޅުން ރިސޯޓުތަކަށް ސަރުކާރަށް ޑޮލަރު މާރުކުރަން މަޖުބޫރު ކުރައްވައިފިއެވެ. އެކަމަކު ވެސް ރާއްޖޭގައި ޑޮލަރ ތިޔައިގެ ވާތީއެއް ނުފެނެއެވެ. ގަންނަން ލިބޭ އަގު ދުވަހެއް ދުވަހަކަށް އަރަނީ ބޮޑުތަނުން މައްޗަށެވެ. 

    ކަންއެހެން އޮތުމުން ޑޮލަރު ކޮބާހޭ ރައްޔިތުން ސުވާލު ކުރާކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއެވެ. ސަރުކާރަށް ލިބޭ ޑޮލަރަށް ލޯނު ދައްކަވަނީކަމުގައި ސަރުކާރުން ބުނާކަމަށް ކުރީގެ ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއެވެ. އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުގައި ޗައިނާ އާއި އިންޑިޔާގެ ލޯނުތައް ރީޝެޑިއުލްކޮށް ފަސްކޮށްދީފިއެވެ. އެހެން ކަމުން ސަރުކާރުން ލޯނު މި ދައްކަވަނީ ކޮންތާކަށްތޯ ކުރީގެ ހާރިޖީ ވަޒީރު ސުވާލު އުފައްދަވައެވެ.

    ސަރުކާރަށް ލިބޭ ފައިސާއަށް ވާގޮތެއް އޮންނަންޖެހޭނެ ކަމަށް ވިދާޅުވަމުން އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވަނީ ޑްރޯން ގަންނަން ކުރި ހަރަދު އިންތިހާއަށް ބޮޑު ކަމަށެވެ. ޑްރޯނަށް ފައިސާ ފޮނުއްވީމާ ކިޔަވާ ކުދިންނަށް ފައިސާ ނުލިބޭ ކަމަށާއި އަސާސީ ބޭސްފަރުވާއަށް ފައިސާ ނުލިބޭ ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ. 

    ]]>
    Mon, 05 Jan 2026 12:29:00 +0500 މުއާޒު
    ފަގީރުންގެ އާބާދީ ނައްތާލަން އިނގިރޭސީން ހިންގި ޖަރީމާ https://heerasnews.com/3780 https://heerasnews.com/3780 އޮސްޓްރޭލިއާގެ ބީރައްޓެހި މާހައުލާއި، އެ ތަނުގެ އަނިޔާވެރި އަދަބުދޭ ނިޒާމުގެ ތެރޭގައި ދިރިއުޅުން ކުރިއަށް ގެންދިއުމަކީ އިނގިރޭސިވިލާތާއި އަޔަލޭންޑުގެ ގިނަ އަދަދެއްގެ ކުށްވެރިންނަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.

    ތާރީހީ އިލްމުވެރިޔާ ނީލް ޓޮންގް ހާމަކުރައްވާ ގޮތުގައި، 18 ވަނަ އަދި 19 ވަނަ ގަރުނާ ދެމެދު އިނގިރޭސި މުޖުތަމައުގެ ހުރިހާ ފަންތިއެއްގައި ވެސް އިންތިހާއަށް ފަގީރުކަން ފެތުރިފައި އޮތެވެ. އެހެން ކަމުން އޭރުގެ ސަރުކާރުން ވަނީ ފަގީރުންގެ އާބާދީ މަދުކުރުމަށްޓަކައި ހާއްސަ ރޭވުމެއް އެކުލަވައިލާ ހިންގަން ފެށިއެވެ. 

    އޭރު އޮސްޓްރޭލިއާއަކީ ކުށްވެރިން ބައިތިއްބާ ކޮލޮނީއެއްގެ ގޮތުގައި ކަނޑައަޅައި، ގިނަ އަދަދެއްގެ ފަގީރުންނާއި ކުށްވެރިން އެ ގައުމަށް ފޮނުވާލެވުނެވެ. އެވަރުގެ އަދަބެއް ދިން ގިނަ ކުށްތަކަކީ ކާބޯތަކެތި ވަގަށް ނެގުން ފަދަ ކުށްކުށެވެ. ދުވަސްވަރަކީ ދިރިއުޅުން އިންތިހާއަށް ދަތި ދުވަސްވަރެކެވެ. މީހުން ވައްކަން ކުރީ ހަމައެކަނި ދިރިހުރުމަށް ބޭނުންވާ ސަބަބުތަކަށްޓަކައެވެ. އެކަމަކު މުއްސަނދިންގެ މައްޗަށް ފަގީރުން ގަދަވެގެންފާނެ ކަމުގެ ބިރު އޮތުމުން، މުޖުތަމަޢުގައި ތިބި ފަގީރުން އެކަހެރިކޮށް ބޭރުކޮށްލުމުގެ ރޭވުމެއް އޭރު ތަންފީޒު ކުރީއެވެ. ފަގީރުން ނައްތާލުމަށް އޮސްޓްރޭލިޔާއަށް އަރުވާލުން ފަދަ ފިޔަވަޅުތަކެއް އެޅުމުގެ އަނެއް ސަބަބަކީ ޖަލުތައް ފުރިބާރުވުމެވެ.

    އެއް ޝިލިންގަށްވުރެ މަތީ އަގެއްގެ އެއްޗެއް ވަގަށް ނެގުމަކީ ގައުމުން ބޭރުކޮށްލަންޖެހޭ ވަރުގެ ބޮޑު ކުށެއްގެ ގޮތުގައި އޭރު ބެލެވުނެވެ. ޝިލިންގަކީ މިހާރުގެ އެންމެ 5 ޕެންސްއާ އެއްވަރުގެ މިންވަރެކެވެ. 

    އޮސްޓްރޭލިޔާގެ ކުރިން ކުށްވެރިން ފޮނުވާލާ މައިގަނޑު މަންޒިލަކީ އެމެރިކާއެވެ. ނަމަވެސް އެމެރިކާގެ މިނިވަންކަމުގެ ހަނގުރާމައަށްފަހު (1775 އިން 1783 އަށް) އެ ފުރުސަތު ބަންދުވުމުން، އިނގިރޭސި ސަރުކާރަށް ޖެހުނީ އެހެން ގައުމެއް ހޯދާށެވެ. އެގޮތުން އޮސްޓްރޭލިއާ އިހުތިޔާރު ކުރެވުނެވެ.

    އޮސްޓްރޭލިއާއަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކުށްވެރިން ބޭތިއްބުމަށްޓަކައި، މެޑްވޭ ކޯރުގައި ބޭނުންކުރުން ހުއްޓާލާފައިވާ ބޯޓުފަހަރު ބޭނުންކުރެވުނެވެ. އުމުރުން އެންމެ އަށް އަހަރުގެ ކުޑަކުދިން ވެސް، އެކަނިމާ އެކަނި އޮސްޓްރޭލިއާއަށް ފޮނުވާލެވުނެވެ. އެގޮތުން އެއް ހާދިސާއެއްގައި ކުށްވެރިއަކަށް އޮސްޓްރޭލިއާއަށް ދިއުން ނުވަތަ ދަންޖެއްސުން ކުރެ ގޮތެއް އިހުތިޔާރު ކުރަން ދިނުމުން، އޭނާ އިހުތިޔާރު ކުރީ ދަންޖެހިގެން މަރުވުންކަމަށްވެއެވެ. 

    އޮސްޓްރޭލިއާގެ ނެޝަނަލް މިއުޒިއަމުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 1788 އާއި 1868 އާ ދެމެދު އިނގިރޭސިވިލާތާއި އަޔަލޭންޑުގެ 162،000 އަށްވުރެ ގިނަ ކުށްވެރިން އުޅަނދުފަހަރުގައި އޮސްޓްރޭލިއާއަށް ފޮނުވާލާފައިވެއެވެ.

    އިނގިރޭސި ވިލާތުން އޮސްޓްރޭލިޔާއަށް އެންމެ ފުރަތަމަ ފޮނުވާލި ޖަލުމީހުންގެ "ފަސްޓް ފްލީޓް" ނުވަތަ އުޅަދު ފަހަރުގެ ފުރަތަމަ ގާފިލާގައި 11 އުޅަނދު ހިމެނެއެވެ. 700 އަށްވުރެ ގިނަ ކުށްވެރިންނާއެކު މި އުޅަނދުފަހަރު ދަތުރު ފެށީ އިނގިރޭސިވިލާތުގެ ޕޯޓްސްމައުތުން އޮސްޓްރޭލިޔާގެ ނިއު ސައުތު ވޭލްސްގެ ބޮޓަނީ ބޭއަށެވެ. ނުރައްކާތެރި އަށް މަސް ދުވަހުގެ ދިގު ދަތުރަކަށްފަހު، ސިޑްނީ ކޯވްގައި ކުށްވެރިން އާބާދުވާނެ ސަރަހައްދެއް ގާއިމުކުރެވުނެވެ.

    އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންނާއި (ފަސްޓް ނޭޝަންސް) އިނގިރޭސި ދަރިކޮޅުގެ މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާ ވަރަށް ބިރުވެރި ހިތާމަވެރި ކަންތައްތަކެއް ހިނގިއެވެ. އެގޮތުން ޓެސްމޭނިއާގެ އަސްލު ވަޒަންވެރިންގެ ތެރެއިން ގިނަ ބަޔަކު ހޯދައި، ގަސްތުގައި މަރާލާފައިވެއެވެ.

    އޮސްޓްރޭލިއާގެ ބީރައްޓެހި މާހައުލާއި، އެކަހެރިކަމާއި، އަދި ހަރުކަށި އަދަބު ދިނުމުގެ ނިޒާމުގެ ސަބަބުން ގިނަ ބަޔަކު ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލި ނަމަވެސް، ބައެއް މީހުންނަށް ކާމިޔާބު ދިރިއުޅުމެއް ބިނާކުރެވުނެވެ. މިހިސާބުން އޮސްޓްރޭލިއާގައި އެމީހުނަށް ލިބުނީ އައު ދިރިއުޅުމެއްތޯ ނުވަތަ ދަންޖެހުމެއްތޯ ސުވާލު އުފެދެއެވެ.

    ތާރީހު އިލްމުވެރިޔާ މިސްޓަރ ޓޮންގް ވިދާޅުވި ގޮތުގައި، މިގޮތަށް ކާމިޔާބު ހޯދި އެކަކީ މަތީ ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ޑާސީ ވެންޓްވޯތެވެ. އޭނާގެ މައްޗަށް މަގުފޭރުމުގެ ތުހުމަތު ކުރެވުނު ނަމަވެސް، ކޯޓުން ކުށް ސާބިތުނުވުމުން އަމިއްލަ އިހުތިޔާރުގައި 1790 ވަނަ އަހަރު އޮސްޓްރޭލިއާއަށް ދަތުރުކުރި ދެވަނަ ގާފިލާގައި އޭނާ ބައިވެރިވިއެވެ. އޭނާއަކީ ސާޖަންއެއްގެ އިތުރުން ޕޮލިސް ސުޕްރިންޓެންޑެންޓެއްވެސް މެއެވެ. އަދި އޭނާއަކީ ބޭންކް އޮފް ނިއު ސައުތު ވޭލްސް އުފެއްދި ބައިވެރިންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ.

    އޮސްޓްރޭލިއާއަށް ފޮނުވާލެވުނު ގިނަ ކުށްވެރިންތަކެއް ފަހުން ދިރިއުޅުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ. ނަމަވެސް، އެ ދުވަސްވަރުގެ މުޖުތަމައުގައި ދިރިއުޅެ، ކުރިއަރައި ދިއުމަށްޓަކައި އެމީހުންނަކީ ހީވާގި، އަމިއްލަ އިސްނެގުމާއެކު މަސައްކަތްކުރި ބަޔަކަށް ވާންޖެހުނެވެ. ތާރީހީ އިލްމުވެރިޔާ ނީލް ޓޮންގް ވިދާޅުވެފައިވާ ގޮތުގައި، މިގޮތަށް ކުށްވެރިން ފޮނުވުމުގެ ސިލްސިލާ 1868 ވަނަ އަހަރާ ހަމައަށް ދެމިއޮތެވެ. 

    ]]>
    Sun, 04 Jan 2026 13:19:51 +0500 މުއާޒު
    ސަރުކާރު މައި ކުންފުނިތައް ހިންގަންހުރެ ނުވި އާރުސީސީއެއް ދެންވެސް ނުވާނެ! https://heerasnews.com/3779 https://heerasnews.com/3779 ތެދެކެވެ. މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމަކީ ރާއްޖޭގެ ދުވަސްވީ ބޮޑު ކުންފުންޏެއް ކަމުގައިވާ އާރުސީސީގެ އެތައް ހިއްސާދާރުންގެ ތެރެއިން ހިއްސާދާރެކެވެ. އެހެނަސް އާރުސީސީ ހިންގުމުގެ އެއްވެސް ދައުރެއް އާދަމް އާޒިމްގެ ނޯވެއެވެ. އަމްދުން އާދަމް އާޒިމު އަދާކުރާ ގައުމީ ވާޖިބަކާއި ގުޅުވައިގެން އާރުސީސީގެ މަސްލަހަތެއް ކުރިއަރުވާ އެއްވެސް ނާޖާއިޒު މަންފާއެއް ހޯދާދީފައި ވާކަން އެނގޭކަށް ނެތެވެ.

    އާދަމް އާޒިމަކީ ދިވެހި ސަރުކާރުގެ ބޮޑެތި ކުންފުނިތަކެއް ހިންގި ކާމިޔާބު ސީއީއޯއެކެވެ. އެމްޑަބްލިޔުއެސްސީ އާއި އެސްޓީއޯ އާއި އެމްޓީސީސީ އާދަމް އާޒިމް ވަނީ ހިންގާފައެވެ. އެކުންފުނިތަކަށް ބޮޑެތި ކުރިއެރުންތައް ހޯދާދިން އެންމެ ކާމިޔާބު ސީއީއޯ ގެ ގޮތުގައި އާދަމް އާޒިމް ވަނީ މަޝްހޫރުކަން ހޯދާފައެވެ. 

    އެންމެ ބޮޑެތި ކުންފުނިތައް ކާމިޔާބު ކަމާއެކު ހިންގިއިރު އާދަމް އާޒިމާ ދިމާއަށް ކޮރަޕްޝަނުގެ އިނގިލި ދިއްކުރެވޭތީއެއް ނުފެނެއެވެ. އަމްދުން އެސްޓީއޯއާއި އެމްޑަބްލިޔުއެސްސީއާއި އެމްޓީސީސީ އަކީ އާރުސީސީން ކުރަމުންދާ ބާވަތުގެ މަސައްކަތާއި ވަރަށް ބޮޑަށް ގުޅުންހުރި ކުންފުނިތަކެކެވެ. އެހެނެއް ކަމަކު އެއިން ކުންފުންޏެއްގެ އެންމެ ޕްރޮޖެކްޓެއްވެސް އާދަމް އާޒިމްގެ ސީއީއޯކަމުގައި އާރުސީސީއަށް ދިފައިނުވެއެވެ. 

    އަނެއްކޮޅުން އާދަމް އާޒިމް ހިންގަން ހުރެގެން ދައުލަތުގެ އެއްވެސް ކުންފުންޏަކުން އާރުސީސީގެ މަސްލަހަތުގައި ކަމެއް ކޮށްދީފައިވާކަމަށް ޔޯލަކޮށްލާފައިވެސް ބުނާތީ ނީވެއެވެ. ހަމައެހެން އާދަމް އާޒިމްގެ މާލެސިޓީ މޭޔަރ ކަމުގައި މިހިނގާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލެސީޓީން އާރުސީސީއަށް ފަހިވާގޮތަށް އެއްވެސް ކަމެއް ކޮށްދީފައެއް ނެތެވެ. 

    ހަމަތެދެކެވެ. އާދަމް އާޒިމަކީ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެގެން ރައްޔިތުންނަށް ހިދުމަތްކުރަން ހަވާލުވާ މީހެއްނޫނެވެ. އާދަމް އާޒިމް ހިންގިހާ ތަނަކަށް ބޮޑެތި ކާމިޔާބީތައް ލިބުނީ އަމިއްލަ އެދުން އިސްނުކޮށް ވާޖިބު އަދާކުރީމައެވެ. އާދަމް އާޒިމަކީ މުރާލި ހީވާގި އިހުލާސްތެރި ތެދުވެރި ހިންގުންތެރިއެކެވެ. މާލެއަށް ގެންނަން އެދޭ ހެޔޮ ބަދަލު ގެނެވޭނީ ތެދުވެރި ހީވާގި ހިންގުންތެރި އާދަމް އާޒިމް އަށެވެ.

    މާލޭ މޭޔަރަކަށް އަނެއްކާވެސް އާދަމް އާޒިމް ގެންނަން ޖެހެލުން ނުވާށެވެ. ޝައްކު ނުކުރާށެވެ. މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ބޮޑެތި ކުންފުނިތައް ހިންގަން ހުރެ އާދަމް އާޒިމް ނުވި އާރުސީސީއެއް މާލޭ މޭޔަރކަމުގައި ހުރެ ދެންވެސް ނުވާނެއެވެ. 

    ]]>
    Sat, 03 Jan 2026 13:46:37 +0500 މުއާޒު
    އުކުޅަކުން ހޯދާ ބާރަކީ ބޭނުންހާކަމެއް ކުރުމުގެ ލައިސަންސެއްނޫން https://heerasnews.com/3778 https://heerasnews.com/3778 ރައްޔިތުން ތަމްސީލު ކުރަން ހޮވާ މެމްބަރުން އެއީ ކައުންސިލްރުން ކަމުގައި ވިޔަސް، މަޖިލިސް މެމްބަރުން ކަމުގައި ވިއަސް ރައީސުލް ޖުމްހޫރިއްޔާ ކަމަށްވިޔަސް އެ މީހުން އަދާ ކުރަންޖެހެނީ ޒިންމާތަކެކެވެ. އެ މީހުންނަކީ އަމާނާތަކާއި ހަވާލުވާ ބައެކެވެ. އާއިލާއެއް ވެގެން ރައްޓެއްސަކަށްވެގެން އެ ޒިންމާއިން ބަރީއައެއް ނުވެވޭނެއެވެ. ދިވެހިރާއްޖޭގެ ގަވާއިދުތަކާއި ގާނޫނު ތަކާއި ގާނޫނު އަސާސީގެ ތަރުޖަމާ އަކީވެސް އެއީއެވެ.

    އިސްލާމް ދީންވެސް ބާރުއަޅަނީ ޒިންމާ އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމާއި އަމާނާތްތެރިވުމަށެވެ. މިފަދަ މަގާމުތަކަށް ހޮވާ ފަރާތްތަކަކީ ވެރިންނެވެ. ވެރިކަމަކީ އަމާނާތެކެވެ. ވެރިކަން އަދާކުރަންޖެހެނީ ހެއްދެވި ފަރާތުން ހަވާލުވާ އަމާނާތެއް ކަމަށް ދެކިގެންނެވެ. 

    ދިވެހިރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމުންތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމެކެވެ. އިސްލާމް ދީނަކީ ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި ދިރި ދެމި އޮތުމުގެ އެންމެ މުހިންމު އެއް ބަހާއެވެ. މުސްލިމުން ތަކެއްގެ ނަމާއި ލަގަބަކީ ދިވެހީންނަށް ލިބިފައިވާ ރަހުމަތެކެވެ. ދިވެހި ކޮންމެ މީހަކުމެ އިސްލާމް ދީނުގެ އަސްލުތަކަށް އިހުތިރާމް ކުރަން ޖެހެއެވެ.

    މުސްލިމަކު ކުރުން ހަރާމް ކަންކަމާއި ކޮށްގެން ނުވާނެ ކަންކަން އިސްލާމް ދީން ވަނީ ވަރަށް ރަގަޅަށް އަންގާ ދީފައެވެ. ސުލްހަ މަސްލަހަތާއި އަމަން އަމާން ކަމަކީ އިސްލާމް ދީން އުގަންނައިދޭ ކަންކަމެވެ. މަސްލަހަތު ދެމެހެއްޓުމާއި އިންސާފުވެރިވުމާއި އަނިޔާވެރި ނުވުމަކީ އިސްލާމް ދީނުގެ މަތިވެރިވެގެންވާ ދަރުސުތަކެކެވެ. 

    އެހެނަސް ދިވެހީންނަށް މޫސުން ތަކެއް އާދެއެވެ. އާންމު އުސޫލުން ކޮންމެ ފަސް އަހަރަކުންނެވެ. އޭގެ ތެރޭގައި ކޮންމެ ކަލަންޑަރު އަހަރެއްގެ ފަހަތަށް 3 ނުވަތަ 8 އަންނަ އަހަރުތަކަކީ ތިޔާގިކަން އަންނަ އަހަރު ތަކެކެވެ. އެއީ ގައުމުގެ ހައްގުގައި ތަފާތު ކުރުމެއް ނެތި ހިދުމަތް ކުރަން ހޮވާ ރައީސަކު ހޮވާ އަހަރު ތަކެކެވެ.

    ދެން އަންނަނީ އަނެއްކާވެސް ކޮންމެ ފަސް އަހަރަކުން ހޮވާ ރައްޔިތުން ތަމްސީލު ކުރާ ބައެއްގެ އިންތިހާބު ތަކެކެވެ. އެއީ ކަލަންޑަރު އަހަރުގެ ފަހަތަށް 4 ނުވަތަ 9 އަންނަ އަހަރުތަކެވެ. އެމީހުން އޮންނަނީ ރައްޔިތުން ތަމްސީލު ކުރަން ރައްޔިތުންނަށް ހެވާ ލާބައާއި ރައްޔިތުންގެ އުދާސްތަކާއި ސަރަހައްދުތަކަށް ބޭނުންވާ ބޭނުން ތަކާއި ސަރުކާރާއި ދައުލަތް ޖަވާބުދާރީ ކުރުވާ މެމްބަރުން ހޮވާ އިންތިހާބެވެ.

    އަނެއްކާވެސް އިތުރު ބަޔަކު ކަލަންޑަރު އަހަރުގެ ފަހަތަށް 1 ނުވަތަ 6 އަންނަ ކޮންމެ ފަހަރަކު ހޮވައެވެ. ރަށްރަށާއި އަތޮޅުތަކާއި ސިޓީތަކުގެ ތަރައްގީގެ މަސައްކަތް އެންމެ ގާތުން އަދާ ކުރަން ކައުންސިލަރުންނާއި އަތޮޅު ކައުންސިލަރުންނާއި ސިޓީތަކުގެ މޭޔަރުން ހޮވާ އިންތިހާބެވެ. އަތޮޅު ކައުންސިލަރުން ހޮވުމަކީ ރައީސުލްޖުމްހޫރިއްޔާ މާ ހިތްރުހޭ ކަމަކަށް ނުވާތީ އަތޮޅު ތަމްސީލު ކުރަން މީހުން ހޮވުން ހުއްޓާލައިފިއެވެ.

    ކަލަންޑަރު އަހަރުތަކުގެ ފަހަތަށް 1، 3، 4، 6، 8 އަދި 9 އަންނަ އަންނަ ކޮންމެ އަހަރަކީ ރައްޔިތުން ގައުމާއި ރަށް ރަށާއި ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ވުމަށް އެދި އެކިއެކި މަގާމުތަކަށް އެކި އެކި ނަންނުމުގައި ވެރީން ހޮވާ އަހަރުތަކެކެވެ. ގާތްގަނޑަކަށް ކޮންމެ ދެ އަހަރަކުން ބަޔަކު މީހުން ރައްޔިތުންނަށް ހިދުމަތް ކުރަން ހޮވާ ހޮވުމުން ދިވެހީން އުންމީދު ކުރާފަދަ ފައިދާ ތަކެއް ވޭ ތޯ ސުވާލު ކޮށްލަން ޖެހެއެވެ.

    ރައްޔިތުން ރުއްސަން އެކި އުކުޅު ހަދައިގެން އިންތިހާބީ ވެރިން މަގާމުގައި ދެމިތިބުން ނޫން ކަމެއް އޮންނަހެނެއް ހިއެއްނުވެއެވެ. އެކަމަށްޓަކާ ސަރުކާރުގެ ގާބިލުކަން ދަށް ދުވަސްވަރެއް ނަމަ ބޭނުން ކުރަނީ ވަކި އުކުޅެކެވެ, ސަރުކާރުގެ މަގުބޫލުކަން އޮތްނަމަ ވަކި އުކުޅެކެވެ. ސަރުކާރުގެ ޅަފަތަށް ވަކި އުކުޅެކެވެ. ސަރުކާރުގެ ހިމަ ކޮޅަށް ވަކި އުކުޅެކެވެ.

    ވެރިކަމަށް އަންނަން މީހެއްގެ ކަރަށް މަޅިފައްތައިގެން ވިއްޔާ އެ އުކުޅުމެެެވެ. މީހެއްގެ ނިވަލުގައި ވިއްޔާ ނިވަލުގައި އަންނަ ގޮތަށް އެމީހާ ބޮލުގައި އަޅާ ކަނޑަށް ފައްތާލުމަކީ ވެސް އުކުޅެކެވެ. ޒަމާނީ އެންމެ ވަރުގަދަ އުކުޅުކަމުގައި އެކަން ވެއްޖެއެވެ.

    އުފައްދާ ސުވާލުތަކަކީ މި އުކުޅުތައް މަކަރާއި ހީލަތް ބޭނުންކޮށްގެން ވެރިއަކަށް ވެގެން ވީ ވަކި ކޮންފައިދާއެއް ތޯއެވެ. އަނދަވަޅަށް ވައްޓާލަނީ ހަމަ ނިކަމެތި ވޯޓުދިން ރައްޔިތުންނާއި އެ ރައްޔިތުންގެ އުންމީދު ތަކެވެ. 

    ކުރިއަށް ރާއްޖޭގައި ދެން އޮތީ ލޯކަލް ކައުންސިލް އިންތިހާބެވެ. އެންމެ ފަހުން ބޭއްވުނީ ރައްޔިތުން ތަމްސީލު ކުރަން ހޮވި މަޖިލިހެއް ކަމަށް ބަޔަކު މީހުން ގަބޫލުކޮށް އަތުގައި އޮތް ބައިރުފިޔާ ފޮތިވެސް ހަރަދު ކުރިއެވެ. ނަތީޖާއަކީ ކޮބާތޯއެވެ. ރައްޔިތުން ތަމްސީލު ކުރަން ހޮވި މަޖިލިސް ބަދަލުވީ ސަރުކާރު މަޖިލިހަކަށެވެ. ސަބަބުވެރި އިންސާނަކަށް ވެސް ނުވިއެވެ. އަމިއްލަ ކަފުން އަމިއްލައަށް ގަނެ ނިންމީއެވެ.

    މިއަދުގެ މަޖިލިހަކީ އަމިއްލަ ބާރެއް ހައްގެއް އޮތް ބަޔަކަށް ނުވިއެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކަށް ގޮންޖަހާ ބޭނުން ގޮތަކަށް ސަރުކާރުގެ އެދުންތަކަށް ރައްޔިތުންގެ މަޖިލިސް ދީލާލީއެވެ. އަމިއްލައަށް ސަރުކާރުގެ އެދުމަށް ފާސްކުރި ގާނޫނަކުން ދެބަސްވެއްޖެ ނަމަ އިށީދެ އިން ގޮނޑި ގެއްލުވާލާނީ އަމިއްލަ އެދުމަށެވެ.

    ރަގަޅެވެ. މިއަދު ތިމާ ތަމްސީލު ކުރާ ދާއިރާއަށް ކަމެއް ކޮށްދޭން ބަޖެޓުގައި ކަމެއް ހިމަނާލަން ގޮވާލަން ވެސް ނުކެރޭ ވަރަށް ވަރަ ބިންދާލީއެވެ. ތިމާ ތަމްސީލު ކުރާ ދާއިރާގެ ރައްޔިތަކު ބޭނުންވާ ކަމަކަށް ވަކާލާތުވެސް ކޮށް ނުލެވެއެވެ. ސާފު ބަހުން ނަމަ ރައްޔިތުންގެ މަޖިލިހަކީ ސަރުކާރުގެ ގޮނޑި ކޮށްކޮއަކަށް ވީއެވެ. ސަރުކާރަށް ރަބަރު ސްޓޭމްޕް ޖަހަން ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދު ކުރާ ބަޔަކަށްވެ ނިމުނީއެވެ. ދިވެހީންނަށް ބޭނުން ބަޔަކަށް ނުވިއެވެ. އެހެން ނަމަވެސް ރައީސްގެ ވައުދުނާމާއަކަށް ހުއްޓުމެއް ނެތެވެ. 

    ކުރިއަށް އޮތް ލޯކަލް އިންތިހާބަށް ސަރުކާރުގެ އުކުޅަކީ އެކި މީހުންނާއި ހިސާބުގައި އެކި ގޮތެވެ. ކައުންސިލްގެ ޕްރައިމަރީގައި ވާދަ ކުރި ޕީއެންސީ މީހެއްގެ އޭޖެންޓެއް ބުނީތީ އެހީމެވެ. "މުއިއްޒު ރަގަޅެވެ. މިހާތަނަށް ރައްޔިތުންގެ ވެރިއެއްގެ ގޮތުގައި ފެނުނީ ރައީސް ޔާމީނެވެ. ދެވަނަ ދައުރެއް ލިބުނު ހެއްޔެވެ. ނުލިބުނެވެ. އެ ހެދި ގޮތެއް ހަދާ ބަލިކުރީއެވެ. ނުވި ތާކަށް ޖަލަށްވެސް ލީއެވެ."

    އެހެން ނަމަވެސް މިހާރުގެ ރައީސް ތަފާތެވެ. ރައްޔިތުން ކުރިމައްޗަށް އަރާ ބުނަނީ އަބަދުވެސް އައު ކަމެއް ކޮށްދޭނެ ކަމަށެވެ. އެ ބުނާ ކަމެއް ނުވާނެ ކަން އޭނާއަށް ވެސް އެގެއެވެ. މި ސަރުކާރުން ރައްޔިތުން ދަސްކުރީއެވެ. އެއްވެސް މީހަކު އެ މީހެއްގެ ނަފުސުން ބޭރަކަށް ނުވިސްނާނެއެވެ. އެންމެ ވަރުގަދައަށް ޖަދަލު ކުރާ މީހާވެސް ވަޒީފާއަކަށް ގުޑައެވެ.

    އެންމެ ނުފޫޒުގަދަ މީހާއަށްވެސް ގިނަ ވެގެން ދޭން ޖެހޭނީ ދެތިން ލައްކަ ރުފިޔާއެވެ. ފަސް އަހަރަށް ހަނު ކޮށްލެވޭނެއެވެ. ވަޒީފާ ބޭނުންވާ މީހާއަށް ޓޯކަން ކައުންޓަރުން ނަމްބަރު ނަގަން ހަވާލު ކޮށްލާ 10،000ރ ދިނީމާ އެއްޗެއް ބުނާކަށް ނުކެރޭނެ ކަމަށްވެސް އެ މީހާ ބުންޏެވެ.

    އަދިވެސް އެމީހާ ބުންޏެވެ. މީޑިއާތަކަށް މާގިނަ ހަރަދެއް ކުރާކަށް ނުޖެހެއެވެ. ކުޑަ ކުންފުންޏަކުން މަހަކު ތިރީހަކަށް ހާސް ރުފިޔާ ދިނުމުން މުއިއްޒަށް ސަނާ ކިޔަން ފަށާނެއެވެ. އެ ހިސާބުން ފިލްމު ނިމުނީއެވެ.

    ބައެއް ރަށްރަށުގެ މަގުހަދަން މަގުގައި މިން އަޅާން ފަށައިފިއެވެ. އެ ހިސާބުން ސަރުކާރުގެ އޭޖެންޓުން ފަށާ މަސައްކަތަކީ އެ މިން އެޅީނު ދެން މަސައްކަތް ފެށުނީ ކަމަށްބަލާށާޭ ކިޔުމެވެ. ކޮންނަން ފަށަން ހައިމާކު އައީނުންހޭ ބުނެއެވެ. ދެން ބިން ހިއްކާ، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެެއެވެ. އެހެނަސް މިއީ މަކަރުވެރި ރޭވުމެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް އޮތީ މަރުގެ ތުންފަތް މަތީގައެވެ. ކަމެއް ކުރެވޭނެ ހަކަތައެއް ނެތެވެ. އޮތީ ދަރާ ވިކިފައެވެ. 

    ކައުންސިލް އިންތިހާބު ބޯމަތި ވަނީއެވެ. ސަރުކާރުގެ ގާބިލުކަން ވިއްކަން ދެއްކޭނެ އެންމެ ވާހަކަ އެއްވެސް ނެތެވެ. މިހާލަތުގައި ކައުންސިލް އިންތިހާބަށް އުކާ އެމަކީ އާއިލާ ބޮޑެތި މީހުންނާއި ރައްޓެހިން ގިނަ މީހުން ތަމްސީލު ކުރުވުމެވެ. ބައެއް ފަހަރު ސަރުކާރު ތަމްސީލު ކުރާ މީހުން ބުނެއެވެ. ކަމެއް ނުކޮށްދިނެންނު، ނުވެސް ކޮށްދޭނެއެވެ.

    އެހެން ވީމާ މިފަހަރު ބަލާނީ އާއިލާއަށް ކަމެއް ވޭތޯއެވެ. ބޭބެ، ޅިޔަނު، ކޮށްކޮ، ދައްތަ، ނޫނީ ފަހަރި ހޮވަން މިފަހަރު މި ނިކުންނަނީ މިހެންނެވެ. ސަރުކާރުން ކަމެއް ކޮށެއް ނުދޭނެއެވެ. ކަރުގައި އެޅޭ މަޅިއަކީ ހޮވުމަށް ފަހު ދެކޮޅު ހަދައިފިއްޔާ ގޮނޑި ގެއްލުމެވެ. އަޅުގަނޑުމެން ރައްޔިތުން ތަމްސީލު ކުރަން ހޮވާ މީހުންގެ ޒިންމާއެއް ނެތީއެވެ. އަމާނާތަށް ހިޔާނާތްތެރި ވަނީއެވެ. ރައްޔިތުންނަށް ގައްދާރު ވެވުނީއެވެ.

    އަދިވެސް ޒިންމާއަކާއި ނުލާ ފުރުސަތު ދޭންވީތޯއެވެ. ރައްޔިތުންގެ ޓެކްސްފައިސާ ބޭކާރުބަޔަކަށް ހަރަދު ކުރަން ވީހެއްޔެވެ. ހެއްދެވި ފަރާތަށް އުރެދޭ މީހެއްގެ ހުކުމަކީ ކޮބާ ހެއްޔެވެ. ވެރިކަމަކީ ކޮންމެ ފެންވަރެއްގައި ނަމަވެސް އިލާހުގެ ފަރާތުން ހަވާލުވާ އަމާނާތެކެވެ. އެ އަމާނާތަށް ހިޔާނާތްތެރިވާން ވީ ތިމާ ތާއީދު ކުރާ ޖަމާއަތެއް ރުއްސަން ތޯއެވެ. ޖަވާބު ދާރީ ކުރުވާ ދުވަހު ދޭނެ ޖަވާބެއް އޮންނަން ވާނެއެވެ.

    އިރާދަ ކުރެއްވި ވެރިކަން ކުރީ މަކަރުވެރިއެއްގެ ގޮތުގައި ކަމުގައި ވުމަކީ އޮޅުވާލުމެކެވެ. ހެއްދެވި ފަރާތަށް އޮޅުވާ ލެވޭނެ ކަމަށް ދެކިގެން ނުވާނެއެވެ. އެކަމެއް ނުވާނެއެވެ. ބިރުވެތި ވާށެވެ. މި ނޫން ދުވަހެއް އޮތްކަން ހަނދާން ކުރާށެވެ. އަމިއްލަ މަސްލަހަތަށް އެހެން މީހުންގެ ހައްގުތަކާއި އުންމީދަށް އަރައި ނުގަންނާށެވެ.

    މި ސަރުކާރުން ފެންނަނީ އަވަށްޓެރި ގައުމެއްގެ ފިލްމު އިންޑަސްޓްރީއެކެވެ. އެ ފިލުމުތަކުގައި އަބަދުވެސް ފެންނާނީ ބަތަލުގެ ކުޅަދާނަކަމެވެ. ހަގީގަތަކީ ގައުމު އަމާން އައްސޭރިއަކަށް ގެންދިޔުމަކީ އެންމެންގެ ބޮލުގައި އެޅޭ ޒިންމާއެއް ކަމެވެ.

    ކައުންސިލަރު ޒިންމާ އަދާ ނުކުރާނަމަ ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރަން ޖެހޭނެއެވެ. މަޖިލިސް މެމްބަރު ޒިންމާއިން ރެކޭ ނަމަ ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރަން ޖެހޭނެއެވެ. ސަރުކާރު ފާލުން ނެއްޓި ހަމައިން ނެއްޓޭނަމަ ހަމަ މަގަށް އަޅުވާ ޒިންމާދާރު ކުރުވުމުގެ މަސައްކަތް ކުރަން ޖެހޭނެއެވެ. ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންނަށް ހިޔާނާތްތެރިވާނަމަ ރައީސުލްޖުމްހޫރިއްޔާވެސް ހަމަ މަގަށް އަޅުވާ ޒިންމާދާރު ކުރުވަން ޖެހޭނެއެވެ.

    ވެރިކަމަކީ އެމީހަކު ބޭނުން ކަމެއް ކުރުމަށް ލިބޭ ލައިސަންސެއް ނޫނެވެ. ވެރިންނަކީ ރައްޔިތުންގެ ހާދިމުންމެވެ. އަދި އެންމެހާ ބާރުތަކެއް ފެށި ދެމިއޮންނަނީ ރައްޔިތުންނާއި ހަމައިގައެވެ. ގަދަ ކީރިތިވަންތަ އިލާހުގެ ދަރުބާރުގައި އެވެރިންނާއި ހާދިމުންނާއި ރައްޔިތުން އެ މީހެއްގެ ޒިންމާ އަދާކުރާ މިންވަރު މިނާނެއެވެ. ބިރުވެތި ވާށެވެ. އަމިއްލަ ނަފުސަށް އަނިޔާވެރި ވާކަށް ނުވާނެއެވެ.

    ]]>
    Sat, 03 Jan 2026 12:30:10 +0500 މުއާޒު
    ހުސްވި އަހަރު ތާރީހުވެސް ނުދެކޭވަރަށް ކޮރަޕްޝަން ހިންގި: ޝާހިދު https://heerasnews.com/3777 https://heerasnews.com/3777 ހުސްވި އަހަރު ވެގެން މި ދިޔައީ ދިވެހި ތާރީހުވެސް ދެކެފައި ނުވާފަދަ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ސަރުކާރުން ހިންގި އަހަރެއްގެ ގޮތުގައިކަމަށް ކުރީގެ ހަރިޖީ ވަޒީރު އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

    ގާނޫނުތައް ބަދަލުކޮށް، އާންމުކޮށް އިއުލާން ކުރުމަކާ ނުލާ، ސަރުކާރުގެ ވެރިންގެ މެދުގައި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ބަހާލާފައި ވާކަމަށާއި ދައުލަތުގެ ކުންފުނިތަކުން ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވުން މިސަރުކާރުން މިވަނީ އާންމުކޮށްފިކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. ގާނޫނު އަސާސީން ކަށަވަރު ކޮށްދިން އަދުލު އިންސާފުގެ ނިޒާމަށް އޮތް އިތުބާރު ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން މި ސަރުކާރުން ނަގާލާފައި ވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

    ގާނޫނުއަސާސީއަށް ގައިރު ގާނޫނީ ބަދަލުތައް ގެނެސް، ނުހައްގުން ފަނޑިޔާރުން މަގާމުން ވަކިކޮށް، ރައްޔިތުންގެ މަޖިލިހުގެމެމްބަރުން އަޅުވެތިކޮށް، މިނިވަން މުވައްސަސާތަކުގެ އިސް މަގާމްތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަންކޮށް، ދިވެހި ދަޢުލަތުގެ ޑިމޮކްރަސީގެ އެންމެހާ އަސާސްތައް ޕީ.އެން.ސީ ސަރުކާރުން ނެތިކޮށްލާފައި ވާކަމަށްވެސް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.

    ނޫސްވެރިކަން ހިސޯރުކޮށް މިނިވަން މީޑިޔާގެ ފުރުސަތު ހަނިކޮށްފައިވާކަމަށް ވިދާޅުވެ ހުސްވި އަހަރު ރައީސް މުއިއްޒު ސަރުކާރުން ކޮށްފައިވާ ކަންކަމަށް ޝާހިދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެ މޭރުމުން ވާހަކަފުޅު ދެއްކެވީ އައު އަހަރާއި ގުޅިގެން މީސްމީޑިއާގައި އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.

    އެމްޑީޕީގެ ރައީސް ޝާހިދުގެ އެމެސެޖުގައި ވަރަށް މުހިންމު އެހެން ވާހަކަފުޅުތަކެއް ވެސް ދައްކަވާފައިވެއެވެ. އެގޮތުން 2026 ވަނަ އަހަރަކީ ދިވެހި ރައްޔިތުންނާ އަނެއްކާވެސް ބައްދަލުކުރާ ރަނުގެ ފުރުސަތެއްކަމަށް ވިދާޅުވަމުން މިއީ މިސަރުކާރުން އަވަދިކޮށްލި ދިވެހި އިގްތިސޯދު ނަގާ ކޮޅަށްޖެހުމަށް ޢަޒުމު އާކުރާންވީ ވަގުތުކަމަށް ވިދާޅުވިއެވެ.

    ޝާހިދު ވިދާޅުވީ މިއީ ތަދުމަޑުކަން އާންމުކޮށް، ދިވެހި ރައްޔިތުން ބިކަކޮށް ހާލުގައި ޖެއްސުމަށް މި ސަރުކާރުން ތަންފީޒު ކުރަމުންދާ ނޭއްގާނީ ސިޔާސަތުތަކަށް ފާޅުގަ ނޫނެކޭ ބުނަންވީ ވަގުތުކަމަށެވެ. މިއީ ހައްގުތައްކަށަވަރުކުރުމަށް ތެދުވަންވީ ވަގުތުކަމަށާއި، މިއީ ޑިމޮކްރަސީ އުވާލިޔަ ނުދިނުމަށް ނުކުންނަންވީ ވަގުތުކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މިއީ ދިވެހި ގައުމުގެ ދިފާއުގައި ބަހާއި ޢަމަލުން ސާބިތުވާންވީ ވަގުތުކަމަށެވެ. 

    މިއަހަރު ބާއްވާ  ލޯކަލް ކައުންސިލް އިންތިހާބުގައި، ދޮގާއި، މަކަރާއި ހީލަތާއި ކޮރަޕްޝަނަށް ފުރުސަތު ނުދޭނަމޭ ބުނެ، ޕީއެންސީ ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުނެ،  ޕީއެންސީ ސަރުކާރު ބަލިކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު އަޅާ އަހަރަށް ހެދުމަށް ޝާހިދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

    ]]>
    Fri, 02 Jan 2026 12:58:42 +0500 މުއާޒު
    ފަސޭހައިން ގައުމު ބައިބައިކޮށްނުލެވޭނެ ގޮތް ހަދަންޖެހޭ: ފައްޔާޒު https://heerasnews.com/3776 https://heerasnews.com/3776 ވޭތުވެދިޔަ ދެ އަހަރު ރައީސް މުއިއްޒު ދައުލަތް ހިންގެވި ގޮތާއި ބެހޭގޮތުން ކުރީގެ އިގުތިސޯދީ ވަޒީރު އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ. އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަންކަން ވެސް ކުރައްވާފައިވާ ފައްޔާޒު އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވާ ވާހަކަފުޅުތަކަށް ބައްލަވާލައްވާށެވެ.

    ރައީސް މުއިއްޒު ސަރުކާރުގެ ވޭތުވެދިޔަ ދެ އަހަރު އެންމެ ބޮޑަށް ސާފުވެގެންދިޔަ ކަމަކީ، ގައުމު ހިންގުމުގެ އެއްވެސް ތަސައްވުރެއް ނުވަތަ ގާބިލުކަމެއް ރައީސް މުޢިއްޒުގެ ކިބައިގައި ނެތްކަމެވެ. ރާއްޖޭގެ އިގްތިސާދު މުޅިން އިނދަޖެހިފައިވާއިރު، ރައްޔިތުން ހޯދާފައިވާ މިނިވަންކަމާއި ހައްގުތައް ދަނީ ހިފަހައްޓައި އުނިކުރަމުންނެވެ.

    ގައުމާމެދު އެއްވެސް ތަސައްވުރެއް ނުވަތަ ހަރުދަނާ ރޭވުމެއް މިހާތަނަށް ފެނިފައެއް ނުވެއެވެ. ރައީސްގެ ހަމައެކަނި މަގްސަދަކަށް ވެފައިވަނީ ދައުލަތުގެ ބާރުތައް މުށުތެރެއަށްލައި، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ މައްޗަށް އަމިއްލަ ނުފޫޒު ފޯރުވުމެވެ. ވަކިން ހާއްސަކޮށް، އަންހެނުންނާއި މުޖުތަމައުގެ ނިކަމެތި ފަރާތްތަކަށް އަމާޒުކޮށް ފިޔަވަޅުތައް އަޅަމުންދާއިރު، އިއްޔެ އިއުލާންކުރި ކަންކަމުން އެނގިގެންދަނީ އަންހެނުންގެ އުޅުމާއި ހެދުން އެޅުމުގެ މައްޗަށް ބާރު ފޯރުވުމަށް އޭނާ ކުރާ މަސައްކަތެވެ.

    ހަމައެއާއެކު، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް ރައީސް މުޢިއްޒު ތައްޔާރުވަމުންދާ ކަމުގެ ރިޕޯޓްތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކާއި މެދުއިރުމަތީގެ ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ހުށަހެޅިގެންދާއިރު، މިއީ ގައުމުގެ ސިޔާދަތާއި މިނިވަންކަން އިއާދަނުކުރެވޭ ފަދަ ނުރައްކަލަކަށް ވެއްޓިގެންދާނެ ކަމެކެވެ. މާޒީގެ ތާރީހުން މިކަމަށް ބާރުދޭ ހެކިތައް ފެންނާން އެބަހުއްޓެވެ. އުސްމާނީ ހިލާފަތުގެ ދުވަސްވަރު ފަލަސްތީނުގެ ބިންތައް ޒަޔަނިސްޓުންނަށް ވިއްކުމުގެ ސަބަބުން ކުރިމަތިވި ހިތްދަތި ނަތީޖާއަކީ އަޅުގަނޑުމެން ފުންކޮށް ވިސްނަންޖެހޭނެ ކަމެކެވެ.

    މިނިވަންކަމާއި، އިންސާފާއި، ކުރިއެރުމަށް ލޯބިކުރާ ހުރިހާ ދިވެހިންގެ 2026 ވަނަ އަހަރުގެ އަޒުމަކަށް ވާންޖެހޭނީ، ރާއްޖޭގެ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކޮށް އިސްލާހުކުރުމެވެ. އެއީ އެއްވެސް މުސްތަބިއްދު ވެރިއަކަށް ގައުމު މިފަދަ ފަސޭހަގޮތަކަށް ބައިބައިކޮށް ހަލާކުނުކުރެވޭނެ ގޮތް ހެދުމަށެވެ. 2026 ވަނަ އަހަރަކީ އުއްމީދީ، ހެޔޮ ބަދަލުތަކެއް ފެންނާނެ އަހަރަކަށް ވާނެ ކަމަށް އުއްމީދު ކުރަމެވެ.

    ]]>
    Thu, 01 Jan 2026 14:09:15 +0500 މުއާޒު
    ސިވިލް ސަރވިސްގެ ހެދުންއެޅުމަށް ގެނައި ބަދަލަކީ ޒާތީ ދިރިއުޅުމަށް ނުފޫޒު ފޯރުވުމެއް https://heerasnews.com/3775 https://heerasnews.com/3775 ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ މިންގަނޑަށް މިހާރު ގެނެސްފައިވާ ބަދަލުތަކަކީ، ރައްޔިތުންގެ އަމިއްލަ ދިރިއުޅުމުގެ އެންމެހައި ކަންކަމަށް ނުފޫޒު ފޯރުވުމަށް ކުރެވޭ އިތުރު މަސައްކަތެއް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

    ޝާހިދު ވިދާޅުވާ ގޮތުގައި މިއީ ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކަށް އަރައިގަތުމެކެވެ. ވަކިން ހާއްސަކޮށް، އަންހެނުންނަށް އަމާޒުކޮށް މި ފިޔަވަޅުތައް ބޮޑަށް ހަރުކަށިކޮށްފައި އޮތުމުން ދޭހަވަނީ، އާންމު މައިދާންތަކުން އަންހެނުން ދުރުކޮށް، އެކަނބަލުންނަށް ބިރުދައްކައި ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމެވެ.

    ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް، ނިޒާމީ ސިފައެއްގައި ހަނިކުރަމުންދާތަން މިއަދު މިދަނީ ފެންނަމުން ކަމަށާއި މިކަން ނިމުމަކަށް އަންނާނެ ދުވަހެއް ފެންނާން ނެތްކަމަށް ޝާހިދު ވިދާޅުވެއެވެ.

    ކުރީގެ ހާރިޖީ ވަޒީރު އަދި ތަޖުރިބާކާރު ޕޮލިޓީޝަން އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުގައި ސަރުކާރުގެ ކާމިޔާބީތަކެއްގެ ގޮތުގައި ދައްކާނެ ނަތީޖާއެއް ނެރެވިފައި ނެތްއިރު، އެއްވެސް ދާއިރާއަކުން ފާހަގަކޮށްލެވޭ ފަދަ މާނަހުރި ކުރިއެރުމެއް ފެންނާކަށް ނެތެވެ.

    ސަރުކާރު ހިނގަމުން މިދަނީ އެއްވެސް އަމާޒެއް ނުވަތަ ސީދާ މިސްރާބެއް ނެތި ކަމަށާއި ރައްޔިތުންނަށް ދައްކާނެ އެދެވޭ ނަތީޖާއެއް ނެރެދެވިފައި ނެތުމުން، މިފަދަ ބިރުދެއްކުމުގެ އުކުޅުތައް ބޭނުންކުރަން ފެށީ ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.

                        

    ]]>
    Thu, 01 Jan 2026 13:15:08 +0500 މުއާޒު
    ކުރުވާ މަސައްކަތުގެ އުޖޫރަ ނުދިނުމަކީ އަނިޔާއެއް: ޝާހިދު https://heerasnews.com/3774 https://heerasnews.com/3774 ‏މަސައްކަތްކުރުވާފައި މުސާރަ ނުދީ ލަސްކުރުމަކީ އަނިޔާވެރިކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. 

    ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރަކީ އިސްލާމީ ސިޔާސަތުތަކާ އެއްގޮތަށް ހިންގާ ސަރުކާރެކޭ ވިދާޅުވާ ކަމަށެވެ. މަސައްކަތްކުރާ މީހުންގައިން ދާ އޮބި މުޅިން ހަސްފަސް ނެތޭ ހިސާބަށް ދާއިރުވެސް ފައިސާ ނުލިބޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ކުރި މަސައްކަތަށް ސަރުކާރުން ފައިސާ ނުދީގެން އެހެން މީހުން އަތުން ފައިސާ ނަގައިގެން ދަރަނިވެރިވެގެން ބޯހިއްލާ ނުލެވޭ ހިސާބަށް މީހުން ހިގައްޖެކަމަށް ވެސް ވިދާޅުވިއެވެ.

    "މިދައްކަނީ އަމިއްލަ ފައިސާއެއް ނޫން - ދައުލަތުން މަސައްކަތް ކުރުވާފައި ނުދީހުރި ފައިސާގެ ވާހަކަ" ކަމަށާއި އެއީ މަސައްކަތް ކުރި މީހާގެ ހައްގެއް ކަމަށާއި އެ ހައްގު ދައުލަތަކަށް ސަރުކާރަކަށް ހިފަހައްޓައިގެން ނުތިބެވޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

    “އެވެނި ތާރީހެއްގައި" ދޭނަމޭ ވިދާޅެއް ނުވެވޭނެ ކަމަށާއި ހަމަ މިއަދުން މިއަދަށް އެފައިސާ ދެއްވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

    ރައްޔިތުން ކަންމަތީ ފިހާރައިން އެއްޗެހި ގަންނައިރު ޓެކްސް ދައްކަން މަޖުބޫރު ކަމަށާއި ޓެކްސް ނުދައްކައިފިއްޔާ ހައްޔަރު ކުރެވޭހެން ރައްޔިތުން ލައްވާ ކުރުވާ ކޮންމެ މަސައްކަތަކަށް އެ އުޖޫރަ ދެއްވަންވާނެ ކަމަށެވެ. އެނޫން ގޮތެއް ހައްދަވައިގެން ނުވާނެ ކަމަށާއި ކުރުވާފައިވާ މަސައްކަތައް އުޖޫރަ ނުދިނުން އެއީ އަނިޔާވެރިކަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ]]>
    Wed, 31 Dec 2025 14:43:08 +0500 މުއާޒު
    ނާޗަރަންގީ ކުޅޭނެ ފައިސާ ސަރުކާރުގައި އެބަހުރި: މެންބަރު ކުޑޫ https://heerasnews.com/3773 https://heerasnews.com/3773 އާ އަހަރު ފެށުން ފާހަގަކުރުމަށް ފަޔާ ވޯކްސްއާ އެކު ޑްރޯން ޝޯއެއް ބޭއްވުމާއި މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް ސަރުކާރުން ރާވައިގެން ބޭއްވުމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބްރާހީމް (ކުޑޫ) ނުރުހުން ފާޅުކުރައްވައިފިއެވެ. 

    "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް"އާއި އެކު މިއަހަރުގެ ޑްރޯން ޝޯ ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރަށް ވުރެވެސް ކުލަގަދަކޮށް ކަމަށް ސަރުކާރުން ބުނެއެވެ. މި އަހަރުގެ ޑްރޯން ޝޯގައި ޑްރޯންގައި ފަޔާ ވޯކްސް ހިމެނޭ ގޮތަށް ޕައިރޯ ޑްރޯން ޝޯ އެއް ފުރަތަމަ ފަހަރަށް ފެނިގެން ދާނެކަމަށްވެއެވެ.

    އަނެއްކޮޅުން މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލްގައި އުރީދޫ ފޯމް ފަން އާއި ކާނިވަލާއި ބިރުވެރި ހޮހޮޅަ އާއި އެކި ކަހަލަ ކާ އެއްޗެހި ހިމެނޭ ސްޓޯލްތައް ހުރެއެވެ.

    އާ އަހަރު ފެށުން ފާހަގަކުރުމަށް ބާއްވާ ޑްރޯން ޝޯގެ ވާހަކައާއި މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ވާހަކަ ޝާއިއުކޮށްފައިވާ ހަބަރު ޓެގްކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ، " ޑްރޯން ޝޯ ބާއްވަން ފައިސާ ހުރޭ. ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ދޭނެ ފައިސާ އެއްނެތް" ކަމަށެވެ. ހަމައެހެން ސަރުކާރުގައި "ހަވާ އަރުވާނެ ފައިސާ ހުރޭ. ޒަރޫރީ ބޭސް ގެންނާނެ ފައިސާ އެއްނެތް" ކަމަށްވެސް މެންބަރ ކުޑޫ ވިދާޅުވެއެވެ. މެންބަރ ކުޑޫ ވިދާޅުވާ ގޮތުގައި ދިވެހި ސަރުކާރުގައި "ޖުމްލަ ގޮތެއްގައި ނާޗަރަންގީ ކުޅޭނެ ފައިސާ އެބަހުރި" ކަމަށެވެ. 

    ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބްރާހީމް (ކުޑޫ) އަކީ ސަރުކާރުން ކުރާ ހައްދެއްނެތް ބޮޑެތި އިސްރާފުކުރާ ކުރުމާ ދެކޮޅަށް އަޑު އުފުއްލަވާ މެންބަރެކެވެ. 

    ]]>
    Wed, 31 Dec 2025 13:26:36 +0500 މުއާޒު
    2025 ނިޔަލަށް ހިއްކަން ބުނި ރަސްމާލެ ވެސް ނުހިއްކުނު https://heerasnews.com/3772 https://heerasnews.com/3772 2025 ވަނަ އަހަރަށް ރައްޔިތުންގ މަޖިލިސް ހުޅުއްވާ ދެއްވަމުން އަހަރުގެ ނިޔަލަށް ނިންމަވާނެ ކަންތައްތަކެއްގެ ވާހަަކަ ރައީސް މުއިއްޒު ވިދާޅުވިއެވެ. މިއަދަކީ އެވިދާޅުވި 2025 ވަނަ އަހަރު ނިމޭ ދުވަހެވެ.

    މިއަދާ ހަމައަށް އައި އިރު އެވިދާޅުވި ގޮތަށް ނުނިމޭ އެތައް ކަމެއް އެބަހުއްޓެވެ. ނުފެށޭ އެތައް ކަމެއްވެސް އެބަހުއްޓެވެ. ގައުމުގެ ރައީސް ދެއްވާ ރިޔާސީ ބަޔާނަކީ ޔޯލަ ވާހަކައެއް ނޫނެވެ. ހާލަތާއި ވަގުތާއި ހަގީގަތުގެ މައްޗަށް ބިނާކުރައްވާ ދެއްވާ ގާނޫނީ ރަސްމީ ސްޓޭޓްމަންޓެކެވެ. އެއްޔަކީ އާދައިގައި ދައްކާލާ ވާހަކައެއް ފަދަ އެއްޗެއްނޫނެވެ.

    2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން ދެއްވީ 6 ފެބްރުއަރީ 2025 ގައެވެ. މިއަހަރުގެ ނިޔަލަށް ނިންމަވާނެކަމަށް އެދުވަހު ރައްޔިތުންގެ މަޖިލީހުގައި ރައީސް ވިިދާޅުވި ބައެއްކަންކަން އަދިވެސް އޮތީ އެދުވަހު އޮތް ހާލަތުގައެވެ. ގިނަ ކަންކަން ވިދާޅުވި ގޮތަށް ހިނގާފައެއް ނުވެއެވެ. 

    2025 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި އެރަށަކާއި އެކަށީގެންވާ ކުނި ނައްތާލުމުގެ ޒަމާނީ ނިޒާމެއް ގާއިމުކޮށް ނިންމަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަހަރު ނިމުނު އިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ކުނި ނައްތާލުމުގެ މައްސަލައަށް ހައްލު ހޯއްދަވައެއް ނުދެއްވުނެވެ. 

    2025 ވަނަ އަހަރަކީ ބޯހިޔާވަހި ކަމުގެ އަހަރުކަމަށާއި ބޯހިޔާވަހި ކަމަށް އެންމެ ބޮޑު ބަޖެޓެއް އޮތް އަހަރަކީ 2025 ކަމަށް ރައީސް ވިދާޅުވެ ހިންގަވާނެ މަޝްރޫއުތަކުގެ ހުލާސާ ރައީސް މަޖިލީހަށް ދެއްވިއެވެ. އެހެން ނަމަވެސް ބޯހިޔާވަހި ކަމަށްޓަކައި އަހަރު ނިމިގެން ދިޔައިރު ގައުބުރިއެއްވެސް ބޭއްވިތަނެއް ނުފެނެއެވެ. ކުރީ ސަރުކާރުންދިން ގޯތިތަކާއި ފްލެޓްތައްވެސް ހުރީ ހަވާލު ނުކުރެވިއެވެ.  

    އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން އުޅުއްވާ ރަސްމާލެ ޕްރޮޖެކްޓަށް ބަލާލުމުންވެސް ފެންނަނީ މި ހަގީގަތެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކާ ނިންމާ 2026 ވަނަ އަހަރު އަސާސީ ހިދުމަތްތައް ގާއިމުކުރަން ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ހިއްކާ ނިންމާނެ ކަމަށް ވިދާޅުވި ރަސްމާލެ ހިއްކުމުގެ މަސައްކަތް ރަނގަޅަށް ހިގައި ގަތީވެސް އަހަރު ނިމެނި ކޮންނެވެ. އަހަރު ނިމުނު އިރު ރަސް މާލޭގެ 2/3 އަދި ނުހިއްކެއެވެ. 

    ]]>
    Wed, 31 Dec 2025 12:25:48 +0500 މުއާޒު
    މުސާރައިން ބައެއް އުނިކޮށްލުމަކީ ރޯފާރުގައި ލޮނުމިރުސް އެޅުން https://heerasnews.com/3771 https://heerasnews.com/3771 2025 ޑިސެމްބަރު މަހުގެ މުސާރަ ޖަމާވިއިރު، ގިނަ މުވައްޒަފުންނަށް ކުރިން ލިބެމުންދިޔަ ޖުމްލަ އާމްދަނީ ވަނީ ވަރަށް ބޮޑަށް މަދުވެފައި ކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

    ‏ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ ސަބަބުން، އެއްވެސް މުވައްޒަފަކަށް ލިބޭ ޖުމުލަ އާމްދަނީ މަދު ނުވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، އެކަން އޮތީ އެހެންނޫން ކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.

    ކޮންމެ މުވައްޒަފެއްގެ މުސާރައަކީ، މުޅި އެ މުވައްޒަފުގެ އާއިލާގެ ދިރިއުޅުން އެ އެއްޗެއްގެ މައްޗަށް ބިނާވެފައިވާ އެންމެ މައިގަނޑު އެއް އަސާސް ކަން ކަށަވަރު ކަމަށާއި ކުއްޔާއި، ކެއިންބުއިމާއި، ބިލްތަކާއި، ދަރިންގެ ޓީއުޝަންފީއާއި، ލޯނާއި އަދި އެ ނޫނަސް ޒަރޫރީ އެހެނިހެން މުހުތާދުތައް ފުއްދަން ޖެހެނީ ލިބޭ މުސާރަ އިންކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ. 

    އެހެންކަމުން، މުސާރަ އަށް އެއްކޮށް ބަރޯސާވާ، ލިބޭއެއްޗަކުން ކިރިޔާ ދެކޮޅުޖެއްސޭ އާއިލާތަކަށް ކުރިން އެންގުމަކާ ނުލައި، ލިބެމުން އައި މުސާރައިން ބޮޑުބައެއް އުނިވުމަކީ އެފަދަ އާއިލާތަކުގެ މުޅި ދިރިއުޅުމަށް ގިނަ ދަތިތަކެއް ކުރިމަތި ވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

    މުސާރައިން ބައެއް އުނިވެދާނެކަމުގެ ކަންބޮޑުވުމާއި އުދާހުގެ ސަބަބުން ހިތަށް ތަދުވަމުންދިޔަ ރައްޔިތުންގެ ހިތުގައި ހުރި ރޯ ފާރުތަކަށް ލޮނުމިރުސް އެޅުން ފަދަ ކަމެއް ކަމަށް މޭޔަރ އާޒިމް ސިފަކުރެއްވިއެވެ.

    ދެ ލައްކަ ފަންސާސް ހާސް މީހުންނަށް ހިދުމަތްދިނުމުގައި އަބަދު ހޭލަމޭލައަށް އުޅެމުންދާ މާލެ ސިޓީ ކައުންސިލް މުވައްޒަފުނާ،އި އެހެނިހެން ސިވިލްސާވިސް މުވައްޒަފުންނަކީ، ވަރަށް ކުޑަ މުސާއަރައަކަށް، ވަރަށް ގިނަ ވަގުތު މަސައްކަތްކުރަމުންދާ ބައެއް ކަމުން، އެ މުވައްޒަފުންނަށް ލިބެމުންދިޔަ މުސާރައިން ބޮޑު ބައެއް އުނިވުމަކީ، އެއްގޮތަކަށް ވެސް ބަލައި ގަނެވޭނެކަމެއް ނޫން ކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.

    މުވައްޒަފުންނަށް ކުރިން ލިބެމުން އައި ޖުމްލަ އާމްދަނީ އިތުރު ކުރެވޭ ގޮތަށް، މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނެސް ދެއްވުމަށް ދައުލަތުގެ ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަށް މާލޭ މޭޔަރ ގޮވާލައްވައެވެ.

    ހާއްސަކޮށް، ބަރަކާތްތެރި ރޯދަ މަސް ބައްދަލުކުރުމަށް މިހާ ކުޑަތަން ވެފައިވަނިކޮށް މިގޮތަށް އަމަލު ކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާ އެއްކަމަށް މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.

    ]]>
    Tue, 30 Dec 2025 22:06:48 +0500 މުއާޒު
    ފެނަކަ ސައީދު ބޭސްފަރުވާގެ ހައްގުން މަހުރޫމް ނުކުރޭ: ޝާހިދު https://heerasnews.com/3770 https://heerasnews.com/3770 ފެނަކަ ކޮމްޕެނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު ބޭސް ފަރުވާގެ ހައްގުން މަހުރޫމު ކުރުން އެމްޑީޕީގެ ރައީސް ކުއްވެރި ކުރައްވައިފިއެވެ. 

    އަހުމަދު ސައީދުގެ މައްޗަށް ފަޓާސް ބަރިއެއްހެން ޝަރީއަތެއް ހިންގާ ބޭއިންސާފު ހުކުމެއް އިއްވައިގެން ޖަލުގައި ބަންދުކޮށްފައި ހުރުމުގެ ކަންބޮޑުވުން އޮނަރަބަލް ޝާހިދު ފާޅުކުރެއްވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައެވެ. 

    ފެނަކަ ކޮމްޕެނީގެ ކުރީގެ އެމްޑީ އަހުމަދު ސައީދު ހުންނެވީ ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ލިބެންޖެހޭ ބޭސްފަރުވާ ކުރުމުގެ އިންސާނީ ހައްގުން މަހުރޫމު ކުރެވިފައިކަމަށް އަބްދުއްލާ ޝާހިދު ވިދާޅުވެއެވެ. 

    ފެނަކަ ސައީދަކީ މުރާލިކަމާއި ހީވާގިކަމާއެކު ހިދުމަތްކުރެއްވި ގައުމީ ހިދުމަތްތެރިއެއް ކަމަށް ވެސް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއެވެ. 

    ފެނަކަ ސައީދު ބޭސް ފަރުވާ ކުރުމުގެ ހައްގުން މަހުރޫމު ނުކުރުމަށް ސަރުކާރަށް ޝާހިދު އިލްތިމާސް ކުރައްވައެވެ. 

    ]]>
    Tue, 30 Dec 2025 15:06:10 +0500 މުއާޒު
    2025 ވަނަ އަހަރު ހޭދަކުރެވުނީ ކަށިކުނބުރު ވަލެއްގައި: ޝާހިދު https://heerasnews.com/3769 https://heerasnews.com/3769 ދިވެހިންނަށް 2025 ވަނަ އަހަރު ހޭދަކުރެވުނީ ކަށިކުނބުރު ވަލެއްގެ ތެރޭގައި ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އަތަކަށް ޖެހިލައިފިއްޔާ ގަޔަށް ހެރެނީ ކައްޓެއް ކަމަށާއި ހަނުހުއްޓަސް ހެރެނީ ކައްޓެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

    އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އެމޭރުމުން ވާހަކަ ދެއްކެވީ ރޭ ރާއްޖެޓީވީން ގެނެސްދިން ފަލަސުރުހީ ޕްރޮގްރާމްގައެވެ. ރާއްޖޭން ބޭރުގައި ތިިބި ދިވެހި ކިޔަވާކުދިންނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ފަލަސުރުހީ ޕްރޮގްރާމުގައި ކުރީގެ ހާރިޖީ ވަޒީރު ޝާހިދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވެވިއެވެ.

    ރާއްޖޭން ބޭރުގައި ތިިބި ދިވެހި ކިޔަވާކުދިންނަށް ޖެހިފައިވަނީ ވަރަށް ހިތްދަތި ހާލެއްކަމަށް ޝާހިދު ވިދާޅުވިއެވެ. ބޭރުގައި ތިިބި ދިވެހި ކިޔަވާކުދިންނަށް ޖެހިފައިވާ ހިތްދަތި ހާލު އިހުސާސް ކުރެވޭނީ އެކުދިންނަށާއި އެކުދިންގެ މައިންބަފައިނަށް ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

    ބޭރުގައި ކިޔަވަން ގޮސް ތިބި ކުދިންގެ ހާލަތު ބަޔާންކޮށް ދެއްވުމުގެ ގޮތުން ޝާހިދު ވިދާޅުވީ " މިތިބެނީ ބޭރު ގައުމަކަށް ގޮސް ކިޔަވަން. މިތިެނީ ދައުލަތުންދޭ ލޯނެއް ނަގައިގެން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނުވަތަ ދައުލަތުގެ ސްކޯލަރޝިޕެއްގަ. ދައުލަތުން ފޮނުއްވަން ކަނޑުއަޅުއްވާ ވައުދުވެ ވަޑައިގެންފައިވާ ފައިސާ ނޫން އިތުރު އެއްޗެއް މިހާރަކު (އެކުދުންނަށް) ނުލިބޭނެ" ކަމަށެވެ.

    މިއަދު އެކުދިންގެ ޓީއުޝަންފީ ނުލިބިގެން، އެކުދިން ދިރިއުޅުމަށް ބޭނުންވާ ސަޓައިޕެންޑް ނުލިބިގެން ތަކުރާރުކޮށް މިނިސްޓްރީއާ ގުޅަނީ ކިތައް ކުދިންތޯ ސުވާލު އުފައްދަވަމުން ޝާހިދު ވިދާޅުވީ މިނިސްޓްރީގެ ތެރޭގައި އެކަމަާގުޅިގެން ހިނގަނީ ދެކަމެއް ކަމަށެވެ. އެއިން އެއްކަމަކީ އެކުދިންގެ ފޯނަށް ޖަވާނު ނުދިނުމެވެ. އަނެއްކަމަކީ ފޯނަށް ޖަވާބު ދީފިއްޔާ މިހާރު ތިޔަކަންތައް މިބަލަނީއޭ ބުނުން ކަމަށް ޝާހިދު ވިދާޅުވިއެވެ. 

    އިތުރަށް ޗާހިދު ވިދާޅުވީ އެކަމާގުޅިގެން މީޑީއާއިން ސުވާލުކޮށްފިއްޔާ އެކަހަލަ އެއްވެސް ކަމެއް ނުހިނގާކަމަށް ބުނެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދޮގުހަދާ ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ. އެހެން ނަމަވެސް ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ދިވެހި ކިޔަވާކުދިންގެ ތެރެއިން ކޯސް ފައިސާ ނުލިބިގެން ކޯސް ކެންސަލްވެފައި ތިބި އެތައް ކުދިންނެއް ތިބިކަމަށް ކުރީގެ ހާރިޖީ ވަޒީރު ވިދާޅުވިއެވެ.  

    ]]>
    Tue, 30 Dec 2025 12:12:52 +0500 މުއާޒު
    ދަރަނި ދަައްކަން ދަރަނި ނަގާ ދަރަނިން ބޯހިކޭކަށް ނެތް https://heerasnews.com/3768 https://heerasnews.com/3768 ދަރަނި އަދާކުރުމަށް ދަރަނި ނެގުމަކީ ރާއްޖޭގައި އަައުކަމެއް ނޫނެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމި ރައީސް ނަޝީދު ވެރިކަމާ ހަވާލުވެ ވަޑައިގެން އިރުވެސް އޭރުގެ ނިސްބަތުން ރާއްޖޭ އޮތީ ދަރަނިވެރިކޮށެވެ. ދަރަނިއަދާ ކުރަން ދަރަނި ނެގުންނޫން ގޮތެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

    އައު ގާނޫނު އަސާސީ ތައާރަފް ވުމާއެކު ގާނޫނު އަސާސީ ލާޒިމުކުރާ އެތައް ހަރަދެއް ދައުލަތުގެ ހޭދައިގެ ތެރެއަށް ވަދެގެން ދިޔައެވެ. ތިންބާރު ވަކިވުމާއި އަލަށް އުފެދުނު މިނިވަން މުއައްސަސާތަކުގެ ހަރަދު ދައުލަތުގެ ދުވަހީ ހޭދައިގެ ތެރެއަށް ވަދެގެން ދިޔައެވެ. ލޯކަލް ކައުންސިލްތަކުގެ ހަރަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހަރަދާއި ކުރީގެ ރަައީސުންގެ ހަރަދު އިތުރު ވެގެން ދިޔައެވެ. 

    ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމެއްނެތި އިތުރުވަމުންދާ ގޮތަށް ދައުލަތް ހިންގުން ތަރުތީބުވެގެން ދިޔުމަކީ އުފުލަންޖެހުނު ކުޑަ ތަކުލީފެއް ނޫނެވެ. ފަނޑިޔާރުންނާއި ކޯޓުތަކުގެ މުސްތަގިއްލުކަން ކަށަވަރު ކުރުމަށް އުފުލިގެންދިޔަ މުސާރަ އަކީވެސް ވަކީން ކުޑަ ހަރަދެއް ނޫނެވެ.

    ގާނޫނު އަސާސީން ލާޒިމުކުރި ހަރަދުބޮޑު ހިންގުމުގެ ނިޒާމްގެ ތެރެއަށް ބިޔަ ވަޒީރުންގެ މަޖިލީހަށް ހިނގާ ހަރަދު އެހާމެ ބޮޑެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ބާރު ލިބިގެން އުފައްދާ ސިޔާސީ މަގާމުތަކުގެ ގިނަކަމާއި މުސާރައާއި އިނާޔަތުގެ ބޮޑުކަން އޮބި އޮންނަ ވަރެއް ނޫނެވެ. 

    ގާނޫނު އަސާސީން ލާޒިމުކުރި ހަރަދުބޮޑު ހިންގުމުގެ ނިޒާމް އޮތްގޮތަށް އޮއްވާ ރައްޔިތުން ޑިމާންޑްތައް އިންތިހާއަށް އުފުލި ވައުދު ފުއްދުމަށް ހައްދެއްނެތް މިންވަރަށް ހޭދަކުރަން ޖެހެއެވެ. އަނެއްކޮޅުން ސަރުކާރުތަކުގެ ތެރޭގައި ކަށީގެ މަދުގައި އަށަގެންފައިވާ ކޮރަޕްޝަނާއި ހިޔާނާތާއި އިސްރާފަކީ ދައުލަތަށް އޮތް އެންމެ ބޮޑު އަނިޔާއެވެ. 

    ލިބޭ މިންވަރަށްވުރެ އެތައް ގުނައެއް ހަރަދު ބޮޑު ދައުލަތަކަށް ދަރނި އަދާކުރަން ދަރަނި ނެނގުން ނޫން ގޮތެއް ނޯވެއެވެ. ޓެކްސް އިތުރުކޮށްގެން ނޫނީ ލިބޭ އާމްދަނީ އިތުރުކުރެވޭނެ މާގިނަގޮތް ގޮތެއް އޮންނަ ކަމަކަށް ނުވެއެވެ. ހަރަދު ކުޑަކުރަން ކުރަން އެނގޭހާވެސް ކަމަކީ ބޭހާއި ކާޑާއި ތެލާއި ކަރަންޓާއި ފެނަށް ދެވޭ ސަބްސިޑީތައް ކަނޑާލުމެވެ. ނުވަތަ ކުޑަ ކުރުމެވެ.

    ދަރނި އަދާކުރަން ކުރެވޭހާވެސް ކަމަކީ މަތިމައްޗަށް ދަރަނި ނެގުމެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް އެއް ފަހަރަށްވުރެ އަނެއް ފަހަރު ބޮޑުކޮށް ދަރަނި ވާރުތަކުރުމެވެ.

    2026 ވަނަ އަހަރަށް ފާސްކުރި 64 ބިލިއަން ރުފިޔާގެ ބަޖެޓްގެ 12.9 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކުރެއެވެ. އެހެން އެކަން އޮތް އިރު ހަމައެކަނި 2026 ވަނައަހަރުގެ އެޕްރީލް މަހުގެ ތެރޭގައި 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ދަަރަނީގެ ގޮތުގައި ދައްކަން ޖެހެއެވެ. އޭގެ ތެރެއިން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)އަކީ 2026ގެ އެޕްރީލް މަހުގެ 8 އަށް ދައްކަންޖެހޭ ސުކޫކެއްގެ ފައިސާއެވެ. އަނެއް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) 26 އެޕްރީލް 2026 ގައި ބޮންޑަކަށް ދައްކަން ޖެހެއެވެ. 

    ރައީސް ޔާމީންގެ ޕީޕީއެމް ސަރުކާރުން 2017 ވަނަ އަހަރު ޖީއެމްއާރަށް ގެއްލުމުގެ ބަދަލު ދިނުމަށާއި ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތްކުރަން ވިއްކި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް ބޮންޑް" ރީފައިނޭންސް ކުރަން ޖެހުނީ 2018 ގަައި އުފެދުނު ރައީސް ސޯލިހުގެ އެމްޑީޕީ ސަރުކާރަށެވެ. އެކަން ކުރީ އެޕްރީލް 2021ގައި އެމްޑީޕީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ސުކޫކަކުންނެވެ.  ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ގެއްލުމުން ހަރަދުތައް ފޫބެއްދީވެސް އެ 500 މިލިއަން ޑޮލަރުގެ ސުކޫކުންނެވެ.

    ރައީސް ޔާމީނު ވެރިކަމުގައި އުފެއްދި ދަރަނި އަދާކުރީ ދަރަނި ދައްކަން ދަރަނި ނަގައިގެން ރައީސް ސޯލިހު ވެރިކަމުގައެވެ. ރައީސް މުއިއްޒަށް މިއޮތީ ދަރަނި އަދާކުރަން ނެގި ދަރަނި ދައްކަން ދަރަނި ނަގަން ޖެހިފައެވެ. މިހާރު އުފައްދާ އިތުރު ދަރަނި ތަކާއެކު ދެން ވެރިކަމަށް އަންނަ ބަޔަކު ޖެހޭނީ ރައީސް މުއިއްޒު ދަރަނި ދައްކަން ނަގާ ދަރަނި، ދައްކަން އަނެއްކާވެސް ދަރަނި ނަގާށެވެ. ދަރަނީގެ ޗޭނު ގުޅެމުން ގުޅެމުންގޮސް ދަރާ ބޯހިކެން ދިވެހިންނަކަށް ނެތެވެ. 

    ]]>
    Mon, 29 Dec 2025 18:14:12 +0500 މުއާޒު
    ރާއްޖޭގެ މޫނުބަލާ ލޯގަނޑު ފަސްދޭތެރެ: ހަލާކު ކޮށްނުލާ! https://heerasnews.com/3767 https://heerasnews.com/3767 ބައިނަލްއަގުވާމީ ދުނިޔޭގައި މީހުނަށް އެއް މަންޒަރުން ދިވެހިރާއްޖެ ސިފަވަނީ މާޅޮސްމަޑުލު ފަސް ދޭތެރޭގެ ތަސްވީރެވެ. މުޅި ދުނިޔޭގައި ރާއްޖޭގެ ވާހަކަ ގެނެސްދޭ އެއްވެސް ޓްރެވަލް މެގަޒިނެއް އެ ފޮޓޯއިން ހުސްވެގެން ނުވެއެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ އެންމެ މަޝްހޫރު ފާހަގައަކީ ފަސް ދޭތެރެއެވެ. ރާއްޖޭގެ ވާހަކަ ބުނެދޭ ޕޯސްޓް ކާޑްތަކާއި ބެނާރ ތަކާއި ބްރޯޝަތައް ފަސްދޭތެރެއާ ނުލާ ފުރިހަމަ އެއް ނުވެއެވެ.

    ފަސްދޭތެރޭގެ ނަމުން އެ ތަނަށް ނަން ދެވުނު ޒަމާނެއް ނޭގުނަސް އެހެން ކިޔެނީ ކީއްވެގެންކަން އެގޭނެއެވެ. އެއް ފައްޗަކަށް ކައިރިކައިރީގައި އޮތް 6 ރަށުގެ ކޮންމެ ދެރަށެއްގެ ދޭތެރޭގައި އޮންނަ ކުޑަކުޑަ ފަސް ކަނޑުއޮޅީގެ އެކުވިނަމަކީ ފަސްދޭތެރެއެވެ. އިހުގައި އެހިސާބުގެ ދަތުރުވެރިން އެ ފަސް ކަނޑު އޮޅިއަށް ފަސްދޭތެރެ ކިޔާ ހަރުވެފައި އެވަނީ އޭރުވެސް އެތަނުގެ ޔުނީކް ކަމުންނެވެ. 

    ފަސްދޭތެރެ ސިފަކުރާ ހަރަށަކީ އިރުން ހުޅަގަށް ފައްޗަކަށް ބ. އަތޮޅުގައި އެ އޮތް އުޑޫދޫ، ފުނަދޫ، ހުޅުދޫ، ގެމެންދޫ، ކެންދޫ، ކެޔޮދޫ އެވެ. އޭގެތެރެއިން މިހާރު މީހުންއުޅޭ ރަށަކީ ކެންދޫއެވެ. އެހެން ނަމަވެސް ރައީސް ނާސިރުގެ ވެރިކަމުގައި ހުކުރު ހަމަނުވާ ރަށްރަށުން މީހުން ބޭލުމުގެ ކުރިން ފަސް ދޭތެރޭގެ 6 ރަށުގެ ތެރެއިން 3 ރަށުގައި މީހުން އުޅުނެވެ. އުޑޫދޫ އާއި ފުނަދޫ ފަޅުވީ 1968ގައި އެ ދެރަށުގެ ރައްޔިތުން ރަށުން ބާލާ އޭދަފުށީގައި ވަޒަންވެރި ކުރުވުމުންނެވެ. 

    ފަސްދޭތެރެ ހަރަށުން ފަސް ރަށަކީ ފަޅުރަށް ކަމުން އެއިރަކު އޮންނަ އުސޫލެއްގެ ތެރެއިން ވަރުވާއަށް ލިޔެދިނުމާއި ކުށްޔަށް ދިނުމަކީ އާއްމުކޮށް ހިނގަމުންދާ ކަމެކެވެ. ރަށުގެ ގުދުރަތީ ސިފައާއި ރީތިކަން ނުގެއްލޭ ގޮތަށް ފަސްދޭތެރޭގެ ފަޅުރަށުންވެސް އިގްތިސޯދީ ގޮތުން ނަފާވެރިކަން ހޯދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. 

    ރާއްޖޭގެ އިހުގެ ދިރިއުޅުން އެއް ރަށަކުން ސިފަވާ އެއްވެސް ރަށެއް ރާއްޖޭގައި މިހާރަކު ނެތެވެ. ކެންދޫގެ ސިފަ ގެއްލިފައި އޮތްހެން ދެންހުރި ރަށްތަކާ ނުކުޅެ ބޭއްވުން މުހިންމެވެ. ބަނދަރު ނުހަދާ ބިންނުހިއްކާ މަތިމައްޗަށް އިމާރާތް ނުކޮށް ދިވެހި ސަގާފަތާއި އެއްގޮތަށް ފަސް ދޭތެރޭގެ ރަށްތަކުން އިގުތިސޯދީ މަންފާ ހޯދޭނެއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ބަޔަކު ކުރާނެހާ ކަމެއްކޮށް ފަސްދޭތެރޭގެ ގުދުރަތީ ސިފަ ގެއްލޭފަދަ ކަމެއް ކުރަން އެއްވެސް ބަޔަކަށް ފުރުސަތު ދެވިގެން ނުވާނެއެވެ.  

    ]]>
    Sun, 28 Dec 2025 15:24:58 +0500 މުއާޒު
    40 އަހަރު ފަހުން އާބާދީގެ %10އަކީ 80 އަހަރުންމަތީގެ މުސްކުޅިން https://heerasnews.com/3766 https://heerasnews.com/3766 ކަންބޮޑު ވުން ހުރި ކަމެކެވެ. ރާއްޖޭގެ އާބާދީގެ ހިސާބުތައް ދައްކަނީ ބިރުވެރިކޮށެވެ. 1980ގެ އަހަރުތަކުގައި އުފަންވެފައިވާ ގިނަ ބަޔަކު އުމުރުން 80 އަހަރުން މައްޗަށް ދަންދެން ދުނިޔޭގައި ތިބޭނެކަމަށް އަންދާޒާކުރެވެއެވެ. 

    ރާއްޖޭގެ އާބާދީ މީގެ 40 އަހަރު ފަހުން 4 ލައްކައިން މައްޗަށް އަރާއިރު މުޅި އާބާދީގެ 10 ޕަސެންޓަކީ 80 އަހަރުންމަތީގެ ބައެއް ކަމަށް ވުމުން މުސްކުޅިންގެ އާބާދީ ބޮޑުވާ ނިސްބަތުން މަސައްކަތް ކުރެވޭ އުމުރުގެ އާބާދީ ބޮޑުނުވުމަކީ ނުރައްކާތެރި ކަމެކެވެ. އާބާދީގެ 10 ޕަސެންޓަށް 80 އަހަރުން މަތީގެ އާބާދީ އަރާއިރު 65 އަހަރުން މަތީގެ އާބާދީ މުޅި އާބާދީގެ %30 އަށް އަރާނެކަމަށް ލަފާކުރެއެވެ.

    40 އަހަރު ފަހުން މުޅި އާބާދީގެ 1/3 މުސްކުޅިންނަށް ވާއިރު 18 އަހަރުންގެ ދަށުގެ އާބާދީ ބޮޑުތަނުން ދަށްވާނެ ކަމަށް ލަފާކުރެވުމަކީ އެހާމެ ބިރުވެރި ކަމެކެވެ. މުޅި އާބާދީގެ 1/2 މަސައްކަތް ނުކުރެވޭ ގައުމެއްގެ ކުރިމަގު އޮންނާނެ ގޮތް ހިތައް ގެންނާށެވެ. 

    އަންދާޒާ ކުރެވޭގޮތް އެނޫން ގޮތަކަށް ބަދަލުކުރުމަށް ގައުމީ ވިސްނުމަކުން ވިސްނާންޖެހެއެވެ. އާއިލީ ގުޅުންތައް ވަރުގަދަކޮށް ކައިވެނި މަތީގައި ދެމި ތިބުމަށް ބާރުލިބޭ ސިޔާސަތުތައް ތަންފީޒު ކުރަން ޖެހެއެވެ. ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ގިނަކުދިން ތަކެއް ހޯދާ ރަނގަޅަށް ތަރުބިއްޔަތު ކުރވޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރެވެން ޖެހެއެވެ.

    ކައިވެނި ރޫޅުމަށް ބާރުލިބޭ ޒާތުގެ އެއްވެސް ސިޔާސަތެއް ތަންފީޒު ކުރުމުން ދުރުވާން ޖެހެއެވެ. އުފާވެރި ކަމާއެކު ތާހިރު ދިރިއުޅުމެއް އުޅެވޭގޮތަށް ކޮންމެ ޢާއިލާއަކަށްވެސް ލުއިފަސޭހަ ކަމާއެކު ހިޔާވަހިކަމާއި ފުދުންތެރިކަން ހޯދާދޭން ސަރުކާރުން މަސައްކަތް ކުރަން ޖެހެއެވެ. އާއިލާތައް ބޮޑެތިކޮށް ބާރުވެރިކުރަން ކުރަންޖެހޭ ކަންކަން ކުރުމަށް ފަސްޖެހި ފަހަތު ފަޔަށް ބުރަވޭކަށް ނެތެވެ. 

    އާއިލާ ރޫޅުނަ ނުދީ ކާއިވެނީގެ މަތީގައި ކޮންމެ ދެމަފަރިއަކުމެ ބައިތިއްބައިގެން ލިބޭކުދިން އިތުރު ކުރުމަށާއި ދުޅަހެޔޮކަން އިތުރު ކުރުމަށް ދައުލަތުން ހޭދަކުރަން ފަސްޖެހިގެން ވާކަށްނެވެ. އެކަނިވެރި މައިންނަށް ބޮޑެތި އަދަދުން ފައިސާ ދިނުން ފަދަ ކަންކަމަކީ ކުދިން ހޯދުމަށާއި އާއިލީ ޒިންމާ ނުނެގުމަށާއި ކައިވެނި ރޫޅުމަށް އެޅޭ ބާރެކެވެ. 

    ]]>
    Sat, 27 Dec 2025 16:07:00 +0500 މުއާޒު
    އެކުގައި ތެދުވެ އަވައްޓެރިންނަށް ގެދޮރު ހުޅުވާލި: ޝާހިދު https://heerasnews.com/3765 https://heerasnews.com/3765 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ގެއްލިގެންދިޔަ ފުރާނަތަކުގެ ހަނދާން މި އެއްބައިވަންތަކަމުގެ ދުވަހު އާކުރައްވަނީ އިހުތިރާމާ އެކުގައި ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

    ސްނާމީ ހިތާމައިގެ ވޭން އަދިވެސް ތަހައްމަލު ކުރަމުންދާ އާއިލާތައް ހަނދާމަ ކުރައްވާ އެ ފަރާތްތަކާއެކު ބައިވެރިވެ ވަޑައިގަންނަވާކަން ޝާހިދު ހާމަ ކުރެއްވިއެވެ. ދިވެހި ރައްޔިތުންގެ ތެރޭގައި އޮތް ކެނޑިގެން ނުދާ ބަދަހި ރޫޙުގެ ހަނދުމަ އާކުރައްވާ ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ. 

    ކާރިސާއެއް ކުރިމަތިވުމުން، ދިވެހިންގެ ފުށުން އަބަދުވެސް ފެންނަމުންދާ ކަންކަން ކުރިތަން އެ ހާދިސާގައި ވެސް ދެކިވަޑައިގެން ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑުމެން އެކުގައި ތެދުވެ، އަވަށްޓެރިންނަށް އެހީވެ، ތިމާމެންގެ ގޭގެ ދޮރު ހުޅުވާލައި، އަޅުގަނޑުމެންގެ ރަށްތައް އަލުން ބިނާ ކުރިއެވެ" ކުރީގެ ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ތެރޭގައި އޮންނަ  އެންމެ ބޮޑުބާރު ކަމުގައިވާ އެއްބައިވަންތަކަން އެ ދުވަހު ދިވެހީން ދައްކާލި ކަމަށް ވެސް ވިދާޅުވިއެވެ.

    އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އޮނަރަބަލް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓް ނިންމަވާލެއްވީ އަޅުގަނޑުމެން ވެރިކަންކުރުމުގައާއި ހިދުމަތްކުރުމުގައާއި، އެކަކު އަނެކަކަށް ހާލުބެލުމާއި އަޅާލުމުގައި އެއްބައިވަންތަ ވުމަށް މަގު ދެއްކެވުމަށް ދުއާކުރައްވަމުންނެވެ.          

    ]]>
    Fri, 26 Dec 2025 21:29:41 +0500 މުއާޒު
    ދިވެހިންނަކީ އެކަކު އަނެކަކަށްޓަކާ ތިބޭ ބައެއް: މާލޭ މޭޔަރ https://heerasnews.com/3764 https://heerasnews.com/3764 ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހަކީ ވަރަށް ގިނަ ހަނދާންތައް އާކޮށްދޭ އަދި ޢިބްރަތްތެރި ފިލާވަޅުތަކެއް ލިއްބައިދޭ ދުވަހެއްކަމަށް މާލޭ މޭޔަރ އާދަމް އާޒިމް ވިދާޅުވެއއޖެއެވެ.

    އެއްބައިވަންތަކަމުގެ ދުވަހުން އަންގައިދިނީ، ދިވެހިންނަކީ ހުރިހައި ޙާލަތެއްގައި ވެސް އެކަކު އަނެކަކަށްޓަކައި ތިބޭ ބައެއްކަން އެނގިގެން ދާކަމުގައިވެސް މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.

    އެއްބައިވަންތަކަމުގެ ދުވަހުން އެކެއްގެ އިޙުސާސްތަކާއި އުދާސްތައް އަނެކަކަށް އެނގޭކަން އަންގާދޭ ކަމަށްވެސް އާދަމް އާޒިމް ވިދާޅުވިއެވެ. އެއްބައިވަންތަކަމުގެ ޗޭނަކުން އަބަދު ވެސް ދިވެހިން ގުޅިފައިވާކަން އެނގިގެން ދާކަމަށްވެސް މޭޔަރ ވިދާޅުވިއެވެ.

    2004 ވަނަ އަހަރު ކުރިމަތިވި ސްނާމީ ކާރިސާއާ ގުޅިގެން، ދިވެހިންގެ ފަރާތުން ފެނިގެންދިޔަ އެހީތެރިކަމާއި ކުލުނުވެރިކަމާއި، އެކަކަށް ޓަކައި އަނެކަކު ހުރިކަން ހާމަކޮށް ދިން ރީތި މިސާލުތަކެއް ކަމަށްވެސް މޭޔަރ ވިދާޅުވިެއެވެ.

    ސްނާމީގެ ދުވަހަށް ނިސްބަތްކޮށް، ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހަކީ ވަރަށް ގިނަ ހަނދާންތައް އާކޮށްދޭ އަދި  ޢިބްރަތްތެރި ފިލާވަޅުތަކެއް ލިއްބައިދޭ ދުވަހެއް ކަމަށްވެސް މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ.

    މޭޔަރ އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓް ނިންމަވާލެއްވީ ހުރިހައި ވަގުތެއްގައި، ހުރިހައި ޙާލަތެއްގައި ދިވެހިންގެ ކިބައިގައި މި ސިފައަށަގަންނަވާށިއޭ ވިދާޅުވެ ދުއާކުރައްވަމުންނެވެ.

    ]]>
    Fri, 26 Dec 2025 16:27:42 +0500 މުއާޒު
    ސްނާމީގައި ދެެއްކި އެއްބައިވަންތަކަމުގެ މިސާލުން ހިތްވަރު ލިބިގަނޭ: ރައީސް ސޯލިހު https://heerasnews.com/3762 https://heerasnews.com/3762 ސްނާމީގެ ދުވަހު ދިވެހީން ދެެއްކި އެއްބައިވަންތަކަމާއި އަނެކާއަށް އަޅާލުމުގެ ރިވެތި މިސާލުން ހިތްވަރު ލިބިގަތުމަށް ރައީސް ސޯލިހު ގޮވާލައްވައިފިއެވެ. ސުނާމީ ކާރިސާގައި ޝަހީދުވި ފަރާތްތަކުގެ ހަނދާނާއި އައު ކުރައްވާ އެކްސްގައި ރައީސް ސޯލިހު ޕޯސްޓެއް ކުރެއްވީ އެއްބައިވަންތަ ކަމުގެ ދުވަހާއި ގުޅިގެންނެވެ. 

    އެއްބައިވަންތަކަމުގެ ދުވަހުގައި ސުނާމީ ކާރިސާގައި ޝަހީދުވި ފަރާތްތަކުގެ ހަނދާނާއި ޒިކުރާ އައު ކުރައްވާ ކަމަށް ވިދާޅުވަމުން ރައީސް ސޯލިހު ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ " އެދުވަހު އަޅުގަނޑުމެން ދިވެހީން ދެެއްކި އެއްބައިވަންތަކަމާއި އަނެކާއަށް އަޅާލުމުގެ ރިވެތި މިސާލުން ހިތްވަރު ލިބިގަނެ އަބަދުވެސް ބަދަހި ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދިވެހީން ދަމަހައްޓަވާށި" ކަމަށެވެ. 

    އެއްބައިވަންތަ ކަމުގެ ދުވަހަކީ 2004 ގެ ސްނާމީގައި ދިވެހިން ދެއްކި އެއްބައިވަންތަކަމާއި އަހުވަންތަކަން ދަމަހައްޓާ ސްނާމީގައި ޝަހީދުވެފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ ހަނދާން އައުކުރުމުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. އެއްބައިވަންތަ ކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރ 26 އެވެ. ސްނާމީގެ ބިރުވެރި ހާދިސާ ހިނގީ 26 ޑިސެމްބަރ 2004 ގައެވެ. 

    ]]>
    Fri, 26 Dec 2025 13:08:15 +0500 މުއާޒު
    ސިޔާސީވެރިން ރިސެޓްވުމުން ކިލައެއް މިލައެއް ނުހުރޭ! https://heerasnews.com/3761 https://heerasnews.com/3761 ސިޔާސީ ވެރިންގެ މަގުބޫލުކަން އޮންނަ ވަރެއް ނަގާ ވޯޓަކުން ނުވަތަ ޕޯލަކުން އެނގޭ ވަރަށްވުރެ ރާއްޖޭގައި ކަންކަން އަގަޑަ ބަގަޑައެވެ. ކޮންމެ ކަމެއް ކޮންމެހެނެއް އޮތަސް "ދެން ކީއްކުރާނީ" ވެފައި އޮތް މުޖުތަމައެއްގައި އެކަމުގައިވެސް ކުރާނެކަމެއް ނުއޮންނާނެތާއެވެ. ދެ ފަހަރު އެއް ވާހަކައެއް އެއް ގޮތަކަށް ދައްކާ އުޅޭ މީހުން މަދުތަނެއްގައި ހެވެއް ނުބައެއް ވަތްކެއް ނުވާނެތާއެވެ.

    ސިޔާސީ ވެރިން ރިސެޓް ވެލީމާ ބަދަލުވެގެން ދަނީ ކިލައެއް މިލައެއް ކުލައެއް ނެތް ސާފު ފެން ފޮދަކަށެވެ. ފެކްޓްރީ ރިސެޓް ހަދާލުމުން ކުރިން ކަމެއް ކުރި ކަމަށްވެސް ނުވެއެވެ. ކޮރަޕްޝަނާއި ފަސާދައާއި އަނިޔާއަކީ ހުވަފެނުންވެސް ދުށް ކަންކަމަކަށް ޢޭރަކުން ނުވެއެވެ.

    ސިޔާސީ ވެރިން ބޭނުންވާ ކަމެއް ހާސިލު ކުރަންވީމާ ކައިރި ނުވެވޭ ވަރަށް ދުރުވެވޭ ކަމަކަށް ނުވެއެވެ. ވަތްކަނޑާލަން ވީމާ ކަމުދާއެއް ކަމެއްނެތި ރަތް މަހަށް ނުކުރާވަރު ކޮށްލުންވެސް މައްސަލައަކަށް ނުވެއެވެ. ކީހާ ޅެން ފަރިއްސަށް ހަދާ އެ ހިނދަކަށް މަންފާހުރި ގޮތަކަށް އެނބުރެމުން ސެނބުރެމުން ދިޔުމަކީ މޮޅުކަމެވެ. ކުޅަދާނަ ކަމެވެ. ކޮޅު ބަދަލު ކޮށްލުމާއި އެކު ނުރުހުމުގެ ލޮލަށް ފެނުނުހާ އައިބުތައް ފޮރުވި ދޮންފުތު ވެދެއެވެ. 

    ސިޔާސީ ވެރިން މަތި މައްޗަށް ދޮގުހެދުމާއި އޮޅުވާލުމާއި އުނބަށް ޖެހުމަކީ ސިޔާސީ ކަންކަމެވެ. އެއިން އެއްވެސް ކަމަކީ ވެރިންގެ ނިސްބަތުގައި ގޯހަކަށް ކުށަކަށް ނުވެއެވެ. ވެރިން ކުރާކޮންމެ ކަމަކީ ގައުމާއި ދީނާއި ރައްޔިތުންނަށްޓަކައި ކުރާކަންކަން ކަމަށް ދެކި ސަނާކިޔުން ނޫން ކަމެއް ނޯވެއެވެ.  

    ސިޔާސީ ވެރިންގެ ތެޔޮގުޅާ ސާދާކުރުމުގައި ރައްޔިތުން ތިބެންވީ ހުވަފެން ބަލަބަލައެވެ. ކޮށްދޭން ބުނާ ކަންކަމާއި ވާން ހުރި ކަންކަމުގެ ގިނަކަމާއި މޮޅުކަމާއި ފަސޭހައާއި ލުއިގެ އިންތިޒާރުގައެވެ. ކިޔަމަންތެރިކަމާއެކު ކުރާނެ ކަމެއް ނޭނގި ދެން ކީއްކުރާނީގައި ފަހަކުން ފަހަކުން އަހަރުތައް ގުނާ އުމުރު ހުސް ކުރުމުގައެވެ. ދިރި ތިބީންނަށް ނެތް މޮޅެއް އަންނަން ތިބި ދަރީންގެ ދަރިންނަށް ހޯދާދެވޭނެ ކަމުގެ އުންމީދުގައެވެ. ވޯޓްލުން ނޫން ހައްގެއް ނުލިބި ކޮނޑުހުޅުން ނެއްޓޭ ވަރަށް އަތްޖަހާލަ ޖަހާލައެވެ. 

    ]]>
    Thu, 25 Dec 2025 16:13:26 +0500 މުއާޒު
    މާލޭ މޭޔަރ ކަމަށް އެންމެ ގާބިލު އުންމީދުވާރަކީ އާދަމް އާޒިމް https://heerasnews.com/3760 https://heerasnews.com/3760 މާލެސިޓީގެ އެމްޑީޕީ މެންބަރުން ޕާޓީ ޓިކެޓް ދީފައި މޭޔަރ ކަމަށް ނެރެން އާދަމް އާޒިމަށްވުރެ ލާއިގު އެހެން މީހަކު ނެތެވެ. ސަބަބުތައް ބައިވަރެވެ. ވިސްނާ މީހަކަށް މި ވާހަކައިގެ ތެދުކަން ގަބޫލު ކުރެވޭނެއެވެ. އާދަމް އާޒިމް ވާދަ ކުރަނީ މީހުންނަކާ ނޫނެވެ. ހައްލުކުރަން ކުރިމަތީގައި ހުންނަ މައްސަލަތަކާއެވެ.

    ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓްގައި ސިޓީ ކައުންސިލަށް އާދަމް އާޒިމް ނޫނަސް ކިތަންމެ ބަޔަކު ކައުންސިލަރުންގެ ގޮތުގައި އިންތިހާބުވިއެވެ. އާދަމް އާޒިމް ނޫން އެންމެން ހުވާކުރުމުގެ ކުރިން ޕީއެންސީއަށް ސޮއިކުރީއެވެ. އެމްޑީޕިއަށް މޭޔަރ ގޮނޑި ދިފާއުކޮށް ދިން ދިނުމުގައި ޕާޓީ ބަދަލު ނުކޮށް އާދަމް އާޒިމު ދެމި ހުއްޓެވެ. ފަސޭހަގޮތެއް ހިޔާރެއް ނުކުރެއެވެ. ހަމަ އެކަނި އެ ސަބަބަށްޓަކައި ވެސް އާދަމް އާޒިމަށް ފުރިހަމަ ދައުރެއް ހޯދާދޭން އެމްޑީޕީން މަސައްކަތް ކުރަން ޖެހެއެވެ.

    އާދަމް އާޒިމްގެ މޭޔަރުކަމުގެ ކުރު މުއްދަތުގައި މާލޭގެ ޒަމާންވީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދާދެމުން ދިޔުމަކީ އާދަމް އާޒިމް ހޮވަންޖެހޭ އަނެއް ސަބަބެވެ. ރައްކާތެރި އަމާން ހިތްފަސޭހަ ތަނަކަށް މާލެ ސިޓީ ހެދުމަށް ކުރަމުންދާ މަސައްކަތް ފުރިހަމަ ކުރުމަށް ފުރުސަތު ދިނުމަށްވެސް އާދަމް އާޒިމް ހޮވަން ޖެހެއެވެ. މާލެސިޓީ އެތައް މޭޔަރަކު ތަޖުރިބާ ކުރިއިރު އާދަމް އާޒިމް ފަދަ ގާބިލް ކެރޭ ހީވާގި ނަތީޖާ ނެރެދެވުނު މޭޔަރަކު ނުފެނެއެވެ. ގެނެވޭ ބަދަލަކުން ފެންނަމުންދާ ހެޔޮބަދަލުތައް ހުއްޓުމުގެ ބިރު އޮތުމުންވެސް އާދަމް އާޒިމް ހޮވަންޖެހެއެވެ.

    އެހެން ކަމުން މާލެ ސީޓީ މޭޔަރކަމަށް މި ހިނދަށް އެންމެ ގާބިލު އުންމީދުވާރަކީ އާދަމް އާޒިމް ނޫން ދެވަނަ މީހެއްނޫނެވެ. އާދަމް އާޒިމަށް ދެވޭ ވޯޓަކީ ހިތްހަމަ ޖެހުމަށް ދެވޭ ވޯޓެކެވެ. އިތުބާރަށް ދެވޭ ވޯޓެކެވެ. ކާމިޔާބަށް ދެވޭ ވޯޓެކެވެ. މުރާލިކަމާއި ހީވާގިކަމާއި ކެރުމަށް ދެވޭ ވޯޓެކެވެ. އެދޭ ކުރިއެރުމާއި ހަމަޖެހުމާއި ސުލްހައަށް ދެވޭ ވޯޓެކެވެ.

    ރާއްޖޭގެ މިޒަމާނުގެ ތާރީހުގައި އާދަމް އާޒިމް ފާހަގަވެގެން ދަނީ ދެވަނަ އުމަރު ޒާހިރުގެ ގޮތުގައެވެ. ޖަދަލުކުރުމާއި ބަހަނާ ދެއްކުމާއި ޝަކުވާ ކުރުމަކީ އާދަމް އާޒިމްގެ ކިބައިން ފެންނަކަމެއް ނޫނެވެ. އާދަމް އާޒިމަކީ ހުދުފަށަށް ބޮޑުނުކޮށް އަމަލީ މަސައްކަތުން އަމާޒަށް ވާސިލުވާ ފަހުލަވާނެކެވެ. އެކު އެކުގައި އެތައް ކަމެއް އެއްފެންވަރެއްގައި ހިންގާ ނަތީޖާ ހާސިލުކުރުމުގެ ލާމަސީލް މިސާލެކެވެ. 

    ]]>
    Thu, 25 Dec 2025 11:09:39 +0500 މުއާޒު
    ސަރުކާރަށް ކައުންސިލްތައް ދޭންވީ ކީއްވެ! https://heerasnews.com/3759 https://heerasnews.com/3759 ސަބަބުވެރި އިންސާނާގެ ވިސްނުމުން ސަރުކާރަށް ކައުންސިލްތައް ދޭންވީ އެއްވެސް ސަބަބެއް އެބައޮތްތޯއެވެ. ރަށް ރަށުން އިވެނީ ކަމެއް ނުވާވާހަކައެވެ. ކައުންސިލަރުން ބުނަނީ "ދަންނަވައިފިން، ދަންނަވައިގެން މިއުޅެނީ" މިހެންނެވެ. ކަންކަން ވަނީ ރައީސުލް ޖުމްހޫރިއްޔާ ބޭނުންވީމައެވެ. ބަޖެޓަކުން އެއްވެސް އެއްޗެއް ނޭގެއެވެ. މަޖިލިސް މެމްބަރުންނަކީވެސް މިއަދު މައިބަދައިގައި ވަރެއްހުރި ބައެއް ނޫނެވެ. އެ މީހުންނަށްވެސް ވަނީ ދިމްޔާތު ކުންފުނިން ކޮށްދިން ވަރެކެވެ. 

    ރައީސް ނުރުހިއްޖެއްޔާ ކޮންމެވެސް ދަތްދޮޅި ރާޖާއަކަށް އަމުރުކޮށް މަސްދުވަހަށް ދެމަހަށް ހަމަހަށް ސަސްޕެޑު ކުރާނީއެވެ. ރިޒުގުދެއްވާ ފަރާތްކަމަށް އަމިއްލައަށް ދައުވާ ކުރާކަހަލައެވެ. އޭނާގެ ކުރިމަތީ ކުޑަކަކޫ މައްޗަށް ތިރިވެ އޭނާ ރުހޭވަރަށް އާދޭސް ނުދަންނަވާ އެއްކަމެއް ވަނީއެއް ނޫނެވެ.

    ސަރުކާރު ނުރުހޭ ކަމަކަށް ވާހަކަ ދެއްކިއަސް އެޖެންޑާ ކުރިއަސް ވޯކް އައުޓު ކުރާން އަދިވެސް ކައުންސިލްތައް ދޭންވީ ސަރުކާރަށް ހެއްޔެވެ. މި ވޭތުވެ ދިޔަ ދެ އަހަރު ސަރުކާރުގެ ކެނޑިޑޭޓަކަށް ވެގެން ވީ ފައިދާ އެއް ނެތެވެ. ބަޖެޓަށް އެދެވެނީއެއް ނޫނެވެ. ކައުންސިލަރަކަށް ބަހެއް ބުނެވޭނީ މަޖިލިސް މެމްބަރަކަށް ކަމެއް ބަޖެޓު ކުރެވިގެން ތާއެވެ.

    ރައްޔިތުންނާއި ސަރުކާރާއި ދައުލަތުން ކަނޑައަޅާފައި އުސޫލްތަކާއި ގުޅުން މުޅީންހެން ކެނޑިއްްޖެއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުންގެ ވާހަކަ ގާތުން އަޑު އަހަން ކައުންސިލަރުން ތިބެއެވެ. އެމީހުން ވާން ޖެހެނީ ރައްޔިތުންގެ ފަރާތުން ކަމާއި ގުޅުން ހުރި ފަރާތްތަކަށް ބަސް އުފުލާ ބަޔަކަށެވެ. އެ މީހުންގެ ދަރަޖަ 2023 ގައި އުފަންވި ސަރުކާރުގައި އޮތީ ސަލާންޖަހާ ކުއްޖަކަށް ބަދަލު ކޮށްފައެވެ.

    ސަރުކާރަށް ސަނާ ކިޔުން ހުއްޓާލައިފި ނަމަ ދަތްދޮޅި ބެޔަކު އައިސް ކުރާނީ ސަސްޕެންޑެވެ. ދެން ތިބީ މަޖިލިސް މެމްބަރުންނެވެ. ގިނައީ ރޯނު އެދުރުންނެވެ. އަމިއްލައަށް ކަރަށް މަޅިއެއް ފައްތާ ވަލުގެ ކޮޅު ވެދުން ކުރި ބައެއްކަމަށް ބުނެވިދާނެއެވެ. ރާއްޖޭގެ ތާރީހު ނުދެކޭ ވަރުގެ ކޮރަޕްޝަންގެ ތުހުމަތު ތަކެކެވެ. ރައްޔިތުންނާއި ރުހުމުގައި ވާހަކަ ދެއްކުމުން ފެށިގެން ސަރުކާރުގައި ކަމަކު އެދުމަކީ މަނާ ކަމެކެވެ. ސަރުކާރު މެމްބަރުންނޯލައެވެ. ސަރުކާރުގެ ކައުން ސިލަރުންނޯލައެވެ. މި މީހުންނަށް ކިޔަންވީ އަޅުން ކަމެއް ކޮހުން ކަމެއް އެގޭނެ ބައެއް އުޅެން ވާނެއެވެ. 

    ބިންގާ ވަރަށް ބޮޑަށް ކަތިވެއްޖެއެވެ. ސަރުކާރުގެ އަމާޒު ތަކާއި ރަތްޔިތުންގެ އަމާޒުތައް ކަފިކަފި ވެއްޖެއެވެ. ދައުލަތުގައި ވަނީ ވެރީންނާއި އަޅުންނެވެ. ވަރިހަމަކޮށްލައިގެން ތިބެވޭނީ ވަކިވަރަކަށެވެ. ދައުލަތުގެ ބާރުތައް ތަށްމިނަށް ދީގެން އިވުނު އަޑެއް ނެތެވެ. ވީކަމެއް ނެތެވެ. ދެކޮޅުވެއްޖެ ނަމަ ކޮންމެވެސް ވަރަކަށް ސަމާލު ވީހެވެ. އެއް ކޮޅު ވެގެން ތިބެންޖެހޭނީ ބަނދެވިގެން ކަސްތޮޅުގައެވެ.

    ކައުންސިލްތައް ސަރުކާރުގެ ނުފޫޒުގައި މިހާ ތަނަށް އޮވެ ވީ ކަމެއް ރައްޔިތަކަށް ނޭގެއެވެ. ކައުންސިލްތައް ސަރުކާރަށް ދޭންޖެހޭ ސަބަބެއްވެސް ރައްޔިތުންނަކަށް ނެތެވެ. މިއީ ތަފާތު ދައްކާނެ އިންތިހާބަކަށް ވާނެ އިންތިހާބަކަށް ވުން ގާތެވެ.

    ރާއްޖެ ދިރިދެމި އޮންނާން ވާނެއެވެ. ރާއްޖޭގައި ކަނޑައަޅާފައިވާ ނިޒާމުތައް ދެމި އޮންނާން ވާނެއެވެ. އަހަރެމެންނީ ޕޯޗުގީޒުން ބޭރުކުރި މީހުނެވެ. ނޮވެމްބަރު 3 ގެ ބާގީން ބޭރު ކުރި މީހުންނެވެ. ކަށީގައި ހިތްވަރު ހުންނަން ވާނެއެވެ. ދައުލަތުގެ ނިޒާމުތައް ހަމަ މަގަށް އެޅުވޭނީ ސަނާ ކިޔުމަކުން ނޫނެވެ. ހައްގު ބަސް ބުނުމުގެ ހިތްވަރުންނެވެ. އަމިއްލަ އަށް ޒިންމާ ނަގަން އެގިގެންނެވެ.

    ]]>
    Wed, 24 Dec 2025 14:33:15 +0500 މުއާޒު
    ގަޕޯ ތަފާތު ދައްކައިފި: ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރެއްވުން https://heerasnews.com/3758 https://heerasnews.com/3758 ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރުމާއި ޕާޓީ ބޭނުންކޮށްގެން އަމިއްލަ ކުރިއެރުމަށް މަސައްކަތް ކުރުމާ އެއީ އުޑާ ބިމާހާ ތަފާތު ދެކަމެވެ. ރާއްޖޭގައި ގިނައިން ހުރީ ވަކިމީހެއްގެ ސިޔާސީ ބާރުވެރިކަން ނަގަހައްޓާ ދަހައްޓައް އުފައްދާފައިވާ ޕާޓީތަކެވެ. އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އެމްޑީޕީ ދެމި އޮއްވާ އެކިނަމުގައި އެކި ލީޑަރުން ހެދިހާ ޕާޓީތަކުގެ ސިޔާސީ ބާރުކެނޑި އުވިދަނީ ވަކިމީހެއްގެ ޕާޓީއެއްގެ ގޮތުގައި އޮތުމުންނެވެ. 

    ފޮރުވިފައިވާ އަމިއްލަ އެޖެންޑާއެއް އޮވެގެން އެއްވެސް ބަޔަކަށް އެމްޑީޕީގެ ތެރެއިން ކާމިޔާބެއް ނުވާނެއެވެ. ރައީސް ނަޝީދާއެކު އެމްޑީޕީއަށް ސިޔާސީގޮތުން ކާމިޔާބު ނުލިބި އަބަދުމެ ދިފާއަށް ކުޅެން ޖެހުމުން މެންބަރުން ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ދިނެވެ. ރައީސް ސޯލިހަކީ ވެރިކަން ހޯއްދެވުމަށްޓަކައި ޕާޓީ ތެރޭގައި އަމިއްލަފުޅު އެޖެންޑާއެއް ހިއްޕަވައިގެން މަސައްކަތް ކުރެއްވި ބޭފުޅެއްނޫނެވެ. ރައީސް ސޯލިަހކީ އެމްޑީޕީ އުފެދުނީއްސުރެ އިސްސަފުގައި ހުންނަވައިގެން އެމްޑީޕީ ބާރުވެރިކުރުވަން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

    ރައީސް ސޯލިހާއެކު އެމްޑީޕީއަށް ފުރިހަމަ 5 އަހަރުގެ ހެޔޮވެރިކަމެއް ކުރުމަށް ފުރުސަތު ލިބިގެން ދިޔައެވެ. އެމްޑީޕީ ވެރިކަމުގައި އޮތުމަށްވުރެ ތިމާ ވެރިކަމުގައި ނެތުން ހަޖަމްނުވެގެން އުފެދުނު ފިތުނައިގައި އެމްޑީޕީއަށް ވެރިކަން ގެއްލުނީއެވެ. ގެއްލުނު ވެރިކަމާއެކު ޕާޓީ ހިންގާ މީހާ ރިޔާސީ ޓިކެޓަށް ފައިނެގުމުން ނުވެނުދާނެ ހުރިހާ ގޮތެއް ވާންފެށީއެވެ. އެކަތި ގަޑަކަށްވެ 2028 އެމްޑީޕީއަށް ހޯދާދޭން އުޅޭކަމާމެދު ޝައްކުތައް އިތުރުވެ ސަރުކާރު ޖަވާބުދާރީ ކުރުމަށްވުރެ އެތެރޭގެ ކޯޅުން ބޮޑުވީއެވެ. 

    އަނބުރާ ހޭރިޔާކޮށް އެހުރިހާ ކަންކަމުން އަރައިގަތުމަށް ވެރިކަމައިގެން ނޫޅޭނެ ޗެއަރޕާސަނެއް އެމްޑީޕީއަށް މުހިންމެވެ. ޕާޓީގެ މިސްރާބު ހިފެހެއްޓުމަށެވެ. އެތެރޭގެ އިންތިހާބުތަކުގެ އިތުބާރު އުފައްދާ އަދުލުވެރި ކުރުމަށެވެ. އެގޮތުން ވަގުތީ ގޮތުން އެމްޑީޕީ ހިންގުމާ ހަވާލުވެ ވަޑައިގެން  އޮނަރަބަލް އަބްދުލްގަފޫރު (ގަޕޯ)ގެ ފޯކަސް ރަނގަޅެވެ.

    އެކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭ ވަރަށް ދުރުވެފައިވާ ދެލީޑަރުން ގާތްނުކޮށް އެމްޑީޕީ އެއްމިސްރާބަކަށް ދަތުރެއް ނުކުރެވޭނެއެވެ. އެމްޑީޕީ އެކަތި ގަނޑެއް ގޮތުގައި އޮތުމަށް އެއަށްވުރެ ވަކީން މުހިންމު ކަމެއްނެތެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދު އެއްގަލަށް އެރުވިއްޖެނަމަ އެމްޑީޕީއަށް އުނދަގޫ ކަމެއް ނުއޮންނާނެއެވެ. އެމްޑީޕީ އޮފީހުގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ބައްދަލުކުރެއްވި ކުރެއްވުމަކީ ހެޔޮފާލެކެވެ. ކުރު މުއްދަތެއްގައި މިހާރުވެސް ގަޕޯ އެވަނީ ތަފާތު ދައްކާފައެވެ.

    ]]>
    Wed, 24 Dec 2025 14:03:27 +0500 މުއާޒު
    ޕްރައިމަރީގައި ވަކިކެންޑިޑޭޓަކަށް ތާއީދެއް ނުކުރަން: ޝާހިދު https://heerasnews.com/3757 https://heerasnews.com/3757 ‏ޕާޓީގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ވަކި ކެންޑިޑޭޓަކަށް އެތެރޭގެ އިންތިހާބެއްގައި ތާއީދު ކުރުމަކީ ގަބޫލު ކުރައްވާ އުސޫލެއްނޫން ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.   

    ލޯކަލް ކައުންސިލް އިންތިހާބުގެ އެމް.ޑީ.ޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

    ޝާހިދު މިރޭ ކުރެއްވި އެކްސްޕޯޓެއްގައި އެމްޑީޕީގެ ރައީސް ވިދާޅިވީ އެމް ޑީ ޕީ ގެ ޓިކެޓް ކާމިޔާބު ކުރައްވާ ހުރިހާ ބޭފުޅުންނާއި އެކު ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

    ހެޔޮ ރަޙްމަތްފުޅުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމް ޑީ ޕީ އަށް ބޮޑުކޮށް ކާމިޔާބު ކުރެވޭނެ ކަމަށް ޔަގީންކަމާއެކު އުއްމީދު ކުރައްވައެވެ. 

    ]]>
    Tue, 23 Dec 2025 21:48:37 +0500 މުއާޒު
    މުއިއްޒު ބޭނުންނަމަ ހުޅުމާލެ އޮންނާނީ ސިޓީ ކައުންސިލް ދަށުގައި https://heerasnews.com/3756 https://heerasnews.com/3756 ރައީސް މުއިއްޒު ކުރައްވަން ބޭނުންފުޅު ކަމެއް ނުކުރެވިއެއް ނުއޮންނާނެއެވެ. ބޭނުންފުޅު ވުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމު ގެއްލުވާލުމުގެ ބާރު އަތްޕުޅަށް އެހުންނެވީ ނަންގަވައިގެންނެވެ. ބޭނުންފުޅު ވުމުން ސްޕްރީމްކޯޓުގެ ބެންޗަށް ބޭނުންފުޅު ގޮތެއް ހެއްދެވެއެވެ. ބޭނުންފުޅު ވުމުން އަތޮޅު ކައުންސިލްތައް އުވާލައްވައިފިއެވެ. ބޭނުންފުޅު ގޮތަށް ރަށު ކައުންސިލްތައް ކުޑަކޮށް ލައްވައިފިއެވެ. 

    އަތްޕުޅަށް އެވަރުގެ ބާރުތައް ނަންގަވައިގެން ހުންނެވި ރައީސް މުއިއްޒު ބޭނުންފުޅު ނަމަ ހުޅުމާލޭ މުނިސިޕަލް ހިދުމަތްތައް މާލޭ ސިޓީ ކައުންސިލާ ހަވާލު ކުރެއްވުމަށް އޮންނާނީ ކޮން ހުރަހެއް ހެއްޔެވެ. ކައުންސިލުން ހަވާލުނުވާން އުޅުނަސް ކައުންސިލަރުންނާއި މޭޔަރ ބަދަލުކުރައްވައިގެން ވެސް އެކަން ކުރެއްވީހެވެ. 

    ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ކަމެއް އެޗްޑީސީން ވަކިކޮށް މާލެސީޓީ ކައުންސިލަށް ދެއްވުމަކަށް ރައީސް ބޭނުންފުޅެއް ނުވެއެވެ. ރިޔާސީ ކެންޕޭނު ކުރެއްވީ ސިޓީ ކައުންސިލްގެ މޭޔަރ ގޮތުގައި ހުންނަވައިގެން ކަމުން ރިޔާސީ ވައުދަކަށް އެކަން ވީއެވެ. ރިޔާސީ ވައުދަކަށް އެކަން ވިޔަސް ވެރިކަން ލިބި ވަޑައިގަތުމުން ވިސްނުންފުޅު ބަދަލުވީއެވެ. ރައީސް ބޭނުންފުޅު ގޮތަކީ އެޗްޑީސީގެ ދަށުގައި ހުޅުމާލޭގެ ހުރިހާކަމެއް އޮތުމެވެ. މޮހަނަށް ދޯނި ދޭހެން ހުޅުމާލޭގެ މިސްކިތްތައް ބެލެހެއްޓުން ނޫންކަމެއް ސިޓީ ކައުންސިލާ ހަވާލުކުރުމަކަށް ރައީސް މުއިއްޒު ބޭނުންފުޅެއް ނުވެއެވެ. އެވެސް ނަމެއްގައެވެ.

    ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް ހަވާލު ނުކުރެއްވިގެން އުޅެނީ ސިޓީ ކައުންސިލްގެ ސަބަބުން ކަމަށް ވިދާޅުވަނީ ވައުދު ނުފުއްދަވަން ވެގެންނެވެ. މާލޭ މޭޔަރ އާދަމް އާޒިމް ކިތަންމެ ސިޓީއެއް ފޮނުއްވަވާ މަޝްވަރާ ބައްދަލުވުންތައް ސަރުކާރުގެ އިދާރާތަކާއެކު ފުލުފުލުގައި ބޭއްވެވިޔަސް ރައީސް ބޭނުންފުޅު ނުވަނީސް އެކަމެއް ނުވާނެއެވެ. ރައީސް އަދި އެކަމެއް ނުކުރައްވާނެއެވެ. މޭޔަރަކަށް އާޒިމާ ޝަކޫރު ހޮވުނުނަމަ އެކަން ކުރެއްވީސް ތޯއްޗެކެވެ.

    ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ފުއްދަން ކައުންސިލުން ފާސްކުރަންޖެހޭ ކަމެއް ނުއޮންނާނެއެވެ. ޑެޕިއުޓީ މޭޔަރާއި ވިލިމާލެ ކައުންސިލަރަށް އެކަމެއް ނޭނގެއެވެ. މޭޔަރ މުއިއްޒާ ގުޅުންހުރު މައްސަލައެއް އެޖެންޑާ ކުރެވިއްޖެނަމަ ކޯރަމް ގެއްލުވާލާ ކައުންސިލަރުންތަކެއް ނިކުމެ ރައީސް މުއިއްޒުގެ ރުހުން ހޯދަން ދިފާއުގައި ވާހަކަ ދެއްކުމަކީ އަޖައިބެއް ނޫނެވެ.

    ކޮންމެ މީހަކު ކޮންމެ ރާގެއްގައި ކޮންމެ ވާހަކައެއް ދެއްކިޔަސް ރައީސް މުއިއްޒު ބޭނުންފުޅު ނަމަ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކީއްކުރަން ހެއްޔެވެ. މުޅި ހުޅުމާލެވެސް އޮތީހީ މާލެ ސިޓީކައުންސިލް ދަށުގައެވެ. އޮޅުވާލައްވާ ކަމުން ރެކެން ރައީސް މުއިއްޒެއް ކަމަކު އުޅުއްވާނެ ކަމެއްނެތެވެ.  

    ]]>
    Tue, 23 Dec 2025 12:36:59 +0500 މުއާޒު
    ރަށްރަށަށް ރައީސް ސޯލިހުވަރެއް ހަމަނެތް! https://heerasnews.com/3755 https://heerasnews.com/3755 މިއަދަކު އިބްރާހީމް މުހައްމަދު ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. މީހަކަށް ދައުލަތުން ދެވޭނެ މަގާމެއް ރަށަކަށް ކޮއްދެއްވޭނެ ކަމެއް އޮތް ބޭފުޅެއް ވެސް ނޫނެވެ. ރައީސް ސޯލިހު ނޫންގޮތެއް ހޯދައިގެން ރައީސް ކަމަށް މުއިއްޒު އެރުވިފަހުން ދެ އަހަރަށް ވުރެވެސް ގިނަވެއްޖެއެވެ. 

    ދެ އަހަރުވެގެން ދިޔައިރުވެސް ރައީސް ސޯލިހު ކުރެއްވި ހެޔޮވެރިކަަމަށް ހިޔަނި އަޅުވާލެވޭ ވަރުގެ ވެރިކަމެއް ރައީސް މުއިއްޒަކަށް ނުކުރެއްވުނެވެ. ހޯދުނު ނޫންގޮތަކީ ގޮތެއް ނޫންކަން ދިވެހީންނަށް ޔަގީން ވެއްޖެއެވެ. ހިނގާ ކަންކަމާ ފެންނަ މަންޒަރުން ފިސާރި ރަނގަޅަށް އެކަން ސާބިތުވެއެވެ.

    ޒަމާނުއްސުރެ ރާއްޖޭގެ ރަށްރަށުގައި ފާހަގަކުރާ ބޮޑެތި ކާމިޔާބީތަކާއި ބޮޑެތި ހަފްލާތަށް ޝަރަފުވެރި ކޮށްދެއްވުމަށް ރައްޔިތުން އެދި ދަންނަވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ކަންކަން އިންތިޒާމް ކުރަނީ ރައީސަށް ބައިވެރިވެ ވަޑައިގެނެވޭނެ ގޮތް ގޮތަށެވެ. 

    އެހެނެއް ކަމަކު މިހާރު ރާއްޖޭން ފެންނަ މަންޒަރު ވަރަށް ތަފާތެވެ. މިހާރު ރާއްޖޭގެ ރަށްރަށުގައި ފާހަގަކުރާ ބޮޑެތި ކާމިޔާބީތަކާއި ބޮޑެތި ހަފްލާތަށް ޝަރަފުވެރި ކޮށްދެއްވުމަށް ރައްޔިތުން އެދި ދަންނަވަނީ ކުރީގެ ރައީސުންނަށެވެ. ހާއްސަކޮށް ރާއްޖޭގައި އެންމެ ފަހުން ހެޔޮވެރިކަމެއް ކޮށްދެއްވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.

    ކުރީގެ ރައީސް ސޯލިހު ވަޑައިގަންނަވާ ކޮންމެ ރަށަކުން ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ރައީސް ސޯލިހަށް އޮހެމުންދަނީ ހިފެހެއްޓުމެއް ނެތިއެވެ. އެއްވެސް މަޖުބޫރު ކަމެއް ނެތިއެވެ. ޝުކުރުވެރިކަމާއިއެކު ކުރާ ލޯތްބާއި އިހުތިރާމެއްގެ ބޮޑުކަމުންނެވެ. 

    ވަޑައިގަންނަވާ ކޮންމެ ރަށަކުން ރައީސް ސޯލިހަށް މަރުހަބާ ދެންނެވުމަށް ކޮޅާކޮޅު ނުފެންނަވަރުގެ ދިގު ސަފުހަދައިފައި އޮވެއެވެ. ރަށްރަށު މީހުން ކަމާ ކަންފަށަށް މަރުހަބާ ދަންނަވާ ސަލާމްކޮށްލުމަށް ނިކުމެ އެތިބެނީ ގެއްލިދާނެ ވަޒިފާއަކަށް ބިރަކުން ނޫނެވެ. ލިބޭނެ މަގާމުގެ ކުރިއެރުމަކާ ހެދިއެއްވެސް ނޫނެވެ. ރައްޔިޔުންގެ ހިތު ލޯބިންނެވެ.

    ފީއައްޔެއް ހޯރަފުއްޓެއް އޭދަފުއްޓެއް ހިރިލަންދުއެއް ކިޔާނެ ކަމެއް ނެތްތާއެވެ. ހެޔޮވެރިކަމެއްގެ ހެޔޮކަން ރަށްރަށު ރައްޔިތުންނަށް އިހުސާސް ވާތީއެވެ. ހޯދުނު ނޫން ގޮތަކީ ގޮތެއް ނޫންކަން އިހުސާސް ވެގެންނެވެ. ރައީސް ސޯލިހު ކުރެއްވީ ހެޔޮވެރިކަމެއްކަން ލޮލުން ބޮލުން ރައްޔިތުން ގަބޫލު ކުރާތީއެވެ. ހެޔޮ ވެރިކަމެއްގެ ކުލަވެސް ނެތް ރައީސް މުއިއްޒުގެ މަގުބޫލުކަން ގެއްލި ނަފްރަތު ކުރާތީއެވެ. 

    ]]>
    Tue, 23 Dec 2025 01:12:15 +0500 މުއާޒު
    މައިން ބަފައިންގެ ނެތް އަހުލާގެއް ދަރިންގެ ނުހުންނާނެ https://heerasnews.com/3754 https://heerasnews.com/3754 ސްކޫލްތަކުގައި ގްރޭޑް 10ން ދަށަށް ފޯނު ވެއްދުން އަބަދުވެސް މަނާކޮށްފައިވާކަން ނޭނގުނީ ދަރިސޮރު ސްކޫލަށް ފޯނު ގެންދާތި ކަމަށް ވެދާނެެެވެ. ނުވަތަ ދަރިން ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިން ފެއިލްވީމާ ކަމަށްވެސް ވެދާނެއެވެ. 

    ދަރިފުޅު ދޮންފުތުކޮށް މުޅި ރާއްޖޭގައި ހަނގާކުރީ ކަމަށް ގޮވާ ބަޔަކު މީހުން ކޯޓަށް ދެމިތާ މާގިނަ ދުވަހެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ފެނުނީ ދެ ޖިންސު ކުދިންތަކެއް މަސްހުނިވެ ޕާޓީ ކޮށް ނަށާ ޑީޖޭ ކުރިމަންޒަރެވެ. މި ފަހަރުވެސް ގޯސްވީ ފޮޓޯ އާއި ވީޑިއޯ ކުރި ކުއްޖާއެވެ. އެ ކުއްޖާ ނުކުޅެދޭ ކުއްޖަކަށް ނުވެ ހުރީ ކިރިޔާ ކަމަށް ވެސް ބުނެއެވެ.

    ދަރިންގެ އެންމެ ފުރަތަމަ އެދުރުންނަކީ މައިންބަފައިންނެވެ. އެމީހުންގެ ކިބައިގައި ނެތް ތެދުވެރިކަމެއް އަހުލާގެއް ދަރިންގެ ކިބަޔަކުން ނުފެންނާނެެއެވެ.

    ކޮންމެ ފަހަރަކީ އެ ވިސްނުމުން މޮޅެއް ހޯދޭނެ ކަންކަމެއް ނޫނެވެ. އަދި ހޯދާ މޮޅަކީ މުސްތަގުބަލު މުޅިން އަނދިރި ކޮށްލާ ކަމަކަށް ވުމަކީ ދުރު ކަމެއް ނޫނެވެ. ގޭތެރެ ރަމަތަކޮށް ދަރިންނާއި މެދު އިހުމާލު ވާނަމަ ދެން އެހެން ކަންކަން ހުންނާނީ ފާލުން ނެއްޓިފައެވެ. އެކަމުގައި އުމައިރެއް ޒުމައިރެއް ތަފާތެއް ނުވެއެވެ.

    ]]>
    Mon, 22 Dec 2025 22:06:11 +0500 މުއާޒު
    ނިކަމެތީންނާއި އަނިޔާލިބޭ މީހުނަށް ރައީސް ކުރީ ފުރައްސާރަ!؟ https://heerasnews.com/3753 https://heerasnews.com/3753 ރައީސް މުއިއްޒުގެ އަވަށު ބައްދަލުވުންތަކުގައި އެންމެ ގިނައިން އަޑުއިވުނީ އިޒުނައާއި އެކީ ކުރުކޮށްލަދޭން އެދޭ އަޑެވެ. އަދަބުވެރިކަމާއި އެކު ކުރުކޮށްލަ ދެއްވާށޭ ބުނާ އަޑެވެ. އިތުރު ބޭބޭފުޅުންނަށް ފުރުސަތު ދެއްވުމަށް އަވަސް ކޮށްލަ ދެއްވާށޭ ކިޔާ އަޑެވެ. ފެނުނީ ޝުއޫރާއި ސުވާލު އަޑުއެހުމުގެ ކެތްތެރިކަން ނެތިގެން އުޅޭތަނެވެ.

    ރައީސް އަރިހުގައި ދެންނެވުނު ގިނަ ސުވާލަށް ޖަވާބެއް ނުދެއްވުނެވެ. ބޮޑެތި ކަންބޮޑުވުންތައް ހައްލު ކޮށްދެއްވާނެ ގޮތެއް ވިދާޅެއް ނުވެވުނެވެ. ކޮށްދެއްވަން ވިދާޅުވާ ކަންކަމުގައި ކަމެއް އޮތް ނެތް ގޮތެއް ނުބައްލަވާ ކުއްލި ބޮޑެތި ނިންމުންތައް ނިންމަވާތީ ވެސް ފެނުނެވެ. ޖަޒްބާތުގައި ބުނެލާ ބުނެލުމަކުން ކަމެއް އިސްލާހު ކުރެވޭނީ ކިހިނެތް ހެއްޔެވެ. އަނެއްކޮޅުން ރައީސް އަރިހުގައި ބައްދަލުވުމަށް ގޮސް ތިބި ގިނަ މީހުން ތިބެނީ އާފުރެ ފުރެއެވެ. ހިޔާލެއް ފިކުރެއް ޝައުގެއް އެމީހުންގެ ނެތެވެ. އަވަށު ބައްދަލުވުން ތަކަކީ އުފެއްދުންތެރިކަމެއް ނެތް އިމޯޝަނަލް ޑްރާމާއެއް ވީމާ ވާނީ އެހެންތާއެވެ. 

    ރައްޔިތުންނާ ކިތަންމެ ގާތުން ބައްދަލުވީ ބައްދަލުވުން ތަކެއް ނަމަވެސް ރައީސް މުއިއްޒަށް ރަނގަޅަށް އެނގިވަޑައި ނުގަންނަވާ އެއްވެސް ވާހަކައެއް އެތާކު މީހަކު ނުދައްކައެވެ. ވެރިކަމަށް ހެއްދެވި މެނެފެސްޓޯއާއި ދެއަހަރު ވަންދެން ވެވަޑައިގެންހާ ވައުދުތަކުގައި ހުރީ އެވާހަކަތަކެވެ. މީހެއްގެ ގާތުން އަހާ އޮޅުން ފިލުވާނެ އައު އެއްޗެއް ނެތެވެ. 

    އަވަށު ބައްދަލުވުންތަކުން އާސަންދަ ނުލިބިގެން މަރަށްތެޅޭ ބަލިމީހުނަށް ފަސޭހައިން އާސަންދަ ހަމަޖެހޭނެ ގޮތެއް ބުނެއެއް ނުދެވުނެވެ. އައިޖީއެމްއެޗްގެ ދިގުކިއު ކުރުކުރެވޭނެ ގޮތެއް ބުނެއެއް ނުދެވުނެވެ. ރާއްޖޭން އާއްމުކޮށް ފަސޭހަކަމާއެކު ލިބެމުންއައި ބޭސް ނުލިބޭ ނުލިބުމަށް ދެވޭނެ ހައްލެއް ބުނެ ނުދެވުނެވެ. މާލޭގެ ގޯތި ގެދޮރުގެ މައްސަލަ އޮތީ އޮތް ގޮތަށެވެ. ގޯއްޗާއި ފްލެޓްގެ މައްސަލަތައް ހައްލުނުވުމުގެ އިތުރު ބޮޅަކަށް އަވަށު ބައްދަލުވުން ވީއެވެ. ކުލި ނުދައްކާ ތިބުމަކީ ކުލިމާފުވާ ކަމަކަށްވެ ގަވައިދުން ކުލިދެއްކުމަކީ ގޯހަކަށް ހެދިއްޖެއެވެ. 

    ތަފާތު ބަލިބަލީގެ ބަލި މީހުންނާއި ހާލުގައި ޖެހިފައިތިބި ނިކަމެތިންނާއި އަނިޔާ ލިބޭ ވިކްޓިމުންނާއި އެނޫންވެސް އެތައް ބަޔަކު އެއްކޮށްގެން އެ މީހުނަށް ކުޑައިމީސްކޮށް ބަަރަހަނާ ކުރުވުމުގެ އެއްވުންތަކަކަށް ނޫނީ އެކަމެއް ނުވިއެވެ. ނަފްރަތާއި ފިތުނައިގެ އޮއިވަރު ގަދަވެގެން ދިޔަ ކަމަކަށް ނޫނީ އެކަމެއް ނުވިއެވެ. 

    ފާލުނެއްޓި ހީރަސް ކެނޑިފައިވާ ގައުމެއްގައި ކޮންމެ ދާއިރާއަކުންވެސް ވަށާޖެހޭ ބޮޑު ހައްލު ހޯދާދެވޭނީ އާއްމުންގެ ހިޔާލާއި ފަންނީ މަޝްވަރާ ތަކުންނެވެ. އިމޯޝަނަލް ޑްރާމާއަކުން ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ ނިކަމެތި ރައްޔިތުން ލައްވާ އެމީހުން ބަރަހަނާކޮށް ގަން ހިންގި ހިންގުމަކަށް ނޫނީ އަވަށު ބައްދަލުވުންތައް ނުވިއެވެ.  

    ]]>
    Mon, 22 Dec 2025 12:39:56 +0500 މުއާޒު
    ވާދަކުރަން މީހުން ނެރުމުގެ ކުރީން މާފަށް އެދޭ! https://heerasnews.com/3593 https://heerasnews.com/3593 އެމްޑީޕީން 3 އޮކްޓޯބަރ ބޭއްވި މުޒާހަރާ އާއި 17 ނޮވެމްބަރ ގައި ބާއްވަން އުޅެ ނުބޭއްވި މުޒާހަރާ އާއި ދިމާކޮށް އެމްޑީޕީގެ ތަސައްވަރު ކިލަނބު ކުރަން ޕީއެންސީން ވަރަށް މަސައްކަތް ކުރިއެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބިގެން ޕީއެންސީން ކުރި މަސައްކަތުގައި އެމްޑީޕީގެ އިމޭޖު އެންމެ ބޮޑަށް ކިލަނބު ކުރުވީ އެމްޑީޕީ ރޫޅާލަން ނިކުމެ އަލުން އެމްޑިޕީއާއި ގުޅުނު ބަޔަކު ކުރިން އެމްޑީޕީއާއި ދެކޮޅަށް ދައްކާފައިވާ ވާހަކަ ތަކަކުންނެވެ. 

    ހަސަދަވެރި ކަމާއެކު ހަގީގަތާއި ހިލާފު ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް އެމްޑީޕީ ރޫޅާލަން ނިކުތް މީހުން އެމްޑީޕީއާއި އެމްޑީޕީ ސަރުކާރާ ގުޅުވައިގެން އޭރު ދެއްކިއެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީގައި ލެއްވި ނުހިކޭ ދާއިމީ ފާރުގަނޑަކަށް އެ ވާހަކަތައް ވަނީ ވެފައެވެ.

    އެމްޑިޕީއަކީ ވަގުންގެ ނެޓްވޯކެއް ކަމަށް އިމްތިޔާޒް ފަހުމީ އާއި އީވާ އަބްދުއްލާ ސިފަކުރިއެވެ. އެމްޑީޕީން އެންމެ ފަހުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަކީ ވައްކަމުގެ ރަސީދެއް ކަމަށް ރައީސް ނަޝީދު ސިފަކުރިއެވެ. ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާވެސް އެމީހުން ފޫޅުކަނޑާލީ އޭރުއޮތް ރައީސް ސޯލިހުގެ ސަރުކާރަށެވެ. ޕީއެންސީއާއި އެނޫންވެސް ވާދަވެރިން އެމްޑީޕީއަށް ނިސްބަތްކޮށް ދައްކާ ހުރިހާ ނޭއްގާނި ވާހަކަތަކަށް ބާރުދެނީ އެމްޑިޕީ ރޫޅާލަން ނިކުތް މީހުން އާއްމުކޮށް ދައްކާފައި ހަޑި ހުތުރު ހަގީގަތެއް ނެތް ވާހަކަ ތަކުންނެވެ. 

    ރަޢީސް ސޯލިހުގެ އެމްޑީޕީ ކޯލިޝަން ސަރުކާރަކީ ރައީސް ޔާމިނުގެ ސަރުކާރާއި މުއިއްޒު ސަރުކާރަށް ވުރެވެސް ކޮރަޕްޓް ސަރުކާރެއް ކަމަށް ދައްކާ އެމްޑީޕިއަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ޕާޓިއެއް ކަމަށް ހަދަން ރައީސް ނަޝީދު އިސްވެހުރެ ނުކުރާކަމެއް ނުދައްކާ ވާހަކައެއް އޭރަކު ނެތެވެ. އެމްޑީޕީގެ މަތިފަޑީގައި ތިބެފައި ނިކުތް ބަޔަކު އެމްޑީޕީއާ ދެކޮޅަށް ދެއްކިހާ ވާހަކަ އެތައް ބަޔަކަށް ވަނީ ގަބޫލު ކުރުވާފައެވެ.

    އެމްޑީޕީ އާއި ވަކިން ވެގެން ދިޔަ މީހުން ސިޔާސީ މަސައްކަތް ކުރާނެ ރަނގަޅު ޕްލެޓް ފޯމެއް ހަދަން އުޅެ އެކަން އެމީހުންނަކަށް ނުވިއެވެ.  ހެދި ޕާޓީ ވަޔަކު ނުހިއްޕުނެވެ. އެންމެ ފަހުން މުއިއްޒު ސަރުކާރު ހަމަމަގަށް އެޅުވުމުގެ ނަމުގައި އެނބުރި އައިސް އެމްޑީޕިއަށް ވަދެ ނެގިގާގަނޑަށް ބޮލި އަރައިގެންވެސް އޭގެން މަދު މީހެއްގެ ފުށުން ނޫނީ އެމްޑިޕީއަށް ރަނގަޅެއް ވާތަނެއް ނުފެނެއެވެ.

    އޭރު އެމީހުން ދިން ޑެމޭޖު އެނބުރި އަޔަސް ރިކަވަރ ކުރާކަށް ނޫޅެއެވެ. ފެންނަނީ އަަނެއްކާވެސް ބާރުތައް އަތަށް ކަހާލަން އުޅޭތަނެވެ. ލޫޓުވާލައިފި މުޒާހަރާ އާއި ބާއްވަންއުޅެ ނޫބޭއްވި މުޒާހަރާ ފަނިކޮށްލަން އެމްޑީޕީއާއި ދެކޮޅަށް ޕީއެންސީން ވިއްކީ އީވާ އާއި އިންތި އާއި ނަޝީދު އެމްޑީޕީއާއި ދެކޮޅަށް ދެއްކި ހުތުރު ވާހަކަތަކެވެ.

    އެންމެ ބޭނުންވީ ދުވަހު ޕާޓީ ދޫކޮށްލާފައި ގޮސް ވެރިކަން ވައްޓާލާ މަޖިލީސް ގެއްލުވާލުމުގެ ޒިންމާ ފިކުރެއްގެ ދިރުމުން ނަގަންޖެހެއެވެ. އެމްޑީޕީއަށް އެހާ ބޮޑުގެއްލުމެއް ގަސްދުގައި ދިން ބަޔަކު އެނބުރިއައިސް އެ ޕާޓީގެ ބާރުތައް ހޯދަން ވާދަކުރާއިރު ވީހާލެއްގައި ވެގެން ޕާޓީގައި ތިބި މެންބަރުންގެ ކިބައިން ކުޑަމިނުން އާއްމު މައާފަކުން މާފަށް އެދެލަން ނުކުރެއެވެ. 

    ]]>
    Sun, 21 Dec 2025 16:18:13 +0500 މުއާޒު
    އަބަދު އެލްބޯޑުގައި ނޫޅެ ނުވިކަމަށް ގަބޫލުކޮށް ގެއަށްވަދޭ! https://heerasnews.com/3752 https://heerasnews.com/3752 ބޭރު ޓީޗަރުންނާއި ނަރުހުން ރާއްޖެ ނާދެވޭ ގޮތަށް ފަރުމާކޮށްފައިވާ މަގުޗާޓުގެ ވާހަކަ އިވިފައި ސިހިއްޖެއެވެ. އެވަރުގެ ނިންމުމެއް ނިންމިއިރު އަޅުގަނޑުމެން ދިވެހީން މިއުޅެނީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބޭރުގެ ޓެކްނިކަލް މީހުންގެ ކަންތައް ބޮޑުވެގެން ހެއްޔެވެ؟ ޒަމާނުންސުރެ މަދަރުސާތައް ނިންމާފައިވާ މުއިއްޒުމެން ފަދަ ބޭބޭފުޅުންވެސް ތަރުބިއްޔަތުކޮށް ތަމްރީނުދީ އުނގަންނައިދީފައިވާ ބޭރު ޓީޗަރުންނެވެ. އެތައް ބަޔަކު ދުނިޔެއަށް އުފަން ކުރުވުމުގައި އަތްގާތް ކޮށްދީ އަދި ފުރާނަ ސަލާމަތްކޮށް ދިނުމުގައި އަވަތިނެތި އުޅުނު ނަރުހުންނެވެ.  

    ޓެކްނިކަލް ފީލްޑްގައި މަސައްކަތް ކުރަން ރާއްޖެ އައިސްފައިވާ މީހުން މަސައްކަތް ކުރުމުގައި ދުއްޕާނަކަށް ވެގެން ދިވެހިން އުޅުނު ދުވަހެއް ނުދެކެމެވެ. ޓެކްނިކަލް ފީލްޑްގައި މަސައްކަތް ކުރާނެ ދިވެހިން އިތުރުވެ ބޭރު މީހުން ތިބެގެން ވަޒީފާ ނުލިބިގެން ދިވެހީން އުޅޭތީއެއް އަދި ނުފެނެއެވެ. ކިޔަވައިގެން އަންނަތަނުން ބޭނުންހާ ވަޒީފާއެއް ފަހަރުގައި ނުލިބި އޮވެދާނެއެވެ. ބައެއް ދާއިރާތައް ނުވަތަ ފަންނުތަކުން ބިދޭސީން ބޭން ކުރުމަކީ ރަގަޅު ކަމެއް ކަމަށް ގަބޫލު ކުރެވިދާނެއެވެ. ނަމަވެސް ޓެކްނިކަލް ދާއިރާތަކުގެ ތެރެއިން އެކަމެއްގެ މުޑުވަށް ރާއްޖޭގައި ފުދޭވަރަށް ނެތް ފަންނުތައް ބޭން ކުރުމުން އެކަހެރި ކުރަން ޖެހެއެވެ.

    ބޭބީ ސިޓާރސް އަކީ ސަރުކާރާއި ކޮންމެވެސް ގޮތަކުން ގާތް ގުޅުމެއް ގާއިމުވެފައިވާ ފަންނަކަށް ވުމަކީ މައްސަލައެއް ނޫނެވެ. ދަރިން ބަލަހައްޓަން ބައެއްފަހަރު ގެންނަ ބިދޭސީ މީހާދެކެ ބައެއް ސްޕޮންސަރުން ލޯބިވެވޭހާވެސް ގާތް ކަން ދިވެހިތާރީހު ހެކިވެއެވެ. އެމީހުން އަޅާލަނީ ތުއްތުކުއްޖާއާއި އެކު ބޮސްވެސް ހިމެނޭހެންނެވެ. ބައިވަން ގެޓް ވަން ފްރީ އުސޫލުންނެވެ. މިފަހަރުވެސް އެފަދަ ކަމެއް ދިމާވީ ކަމަށް ވެދާނެއެވެ. 24 ގަޑިއިރު ނުވަނީސް ބޭބީ ސިޓާރސް ކެޓަގަރީ އުނިވީކަމަށް ބައެއް ނޫސްތަކުން އެބަބުނެއެވެ. ހެޔޮފުޅުކަމުން ނަމަވެސް ޖޭސްމީން ގެންނަން ފުރުސަތު ލިބުމަކީ ނަސީބެކެވެ. 

    ސަރުކާރުތަކުގެ ނިޒާމުތައް ފެއިލްވެ ބިދޭސީންގެ އަދަދުތައް މަގުތައް ފުރިގެން އުޅެނީ ޓެކްނިކަލް ހިދުމަތްތެރިން ގިނަވެގެން ބާވައޭ ހިތައް އަރައެވެ. ކަމުގައި ރަގަޅު ދިރާސާ ތަކެއް ހެދިފައިނެތްކަން އެކަސަރުކާރުގެ އަމަލުން ފެނި ސާބިތުވެއެވެ. މާލޭގެ މަގުތަކާއި އަތޮޅުތެރޭގެ އޮޅުއަލަ ފާތަކުގައި އުޅެނީ ޓީޗަރުންނާއި ނަރުހުންނެއް ނޫނެވެ.

    މަގުތަކުގައި ގިނަވެގެން އުޅެނީ ރާއްޖޭގެ ނިޒާމުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ހިފާ ސަރުކާރުގެ ބޭއިންސާފުގެ އަޖަލުގައި ޖެހިގެން ބެހިގެން ގޮސްފައިވާ ނިކަމެތި މަސައްކަތު މީހުންތަކެކެވެ. އިމިގްރޭޝަންގެ ނިޒާމުގެ ތެރެއިން ފެންނަ ކުޑަ ލޯވަޅަކުން ފައިސާގެ ދަހިވެތިކަމުގައި އެތެރެ ވެފައިތިބި ލޭބަރު މަސައްކަތް ކުރާ އަން ސްކިލްޑް މަސައްކަތް ކުރާ މީހުންނެވެ. ނިޒާމުތަކުގެ ނުހަމަ ފައިދާތައް ދާހިލީ ވަޒީރުގެ ބެލުމުގެ ދަށުގައިވާ އިދާރާއިން ފޭދިގެން ދިޔުމުގެ ކައްފާރާ ދައްކަން މިޖެހެނީ ޓީޗަރުންނާއި ނަރުހުންކަމަށް ވުމަކީ އިއްތިފާގެއް ނޫނެވެ. ގަސްތުގައި ވެވޭ އިހުމާލެކެވެ. 

    ދިވެހިންނަށް ބޭނުންވާ މިންވަރަށް ދިވެހި ޓީޗަރުންނާއި ފަންނުވެރި ނަރުހުން އެބަތިބިތޯ މި ދަނޑިވަޅުގައި ސުވާލު ކޮށްލުން ރަގަޅެވެ. ދިވެހީންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަކީ މަގުސަދު ކަމަށް ވުމަކީ މުޅީން އެހެން ކަމެކެވެ. ތަޖުރިބާ ހުރި ޓީޗަރުންނާއި ގާބިލު ނަރުހުން އެ ފަންނުވެރިކަން ހޯދަނީ މަސައްކަތުން ވަގުތު ނަގައިގެންނެވެ. ނަރުހުން ކިޔަވާ ނިމި އަދި ދުވަސްތަކެއް އަތުގައި އިންނަ ނާރު ފަސޭހަ ކަމާއި އެކު ހޯދަން ވަގުތު ބޭނުންވާނެއެވެ. އެއީ އަހަރަކުން ދެއަހަރުން ހަ އަހަރުން ވާނެ ކަންތައް ތަކެއް ނޫނެވެ. އެ އީ ތަޖުރިބާއެވެ.

    ދިވެހިރާއްޖެ އަކީ ތަހުލީލު ލެބޯޓަރީއަކަށް ހަދައިގެން ނުވާނެއެވެ. ތަޖުރީބާ ހުރި ބަޔަކު އުފަން ކުރުވަން މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ގަބޫލު ކުރާހާލު އަތެއް ހަ ތަނުން ތޮރުފާ ފަހުން އަސްލު ނާރު ހޯދުމަކީ މި ވަގުތައް ހައްލަކަށް ނުވެދާނެއެވެ. ޓީޗަރުންވެސް ކޮލިފައި ވަނީ ތަޖުރިބާއިންނެވެ. ތަޖުރިބާ ހުރި ދިވެހި ޓީޗަރުން މަދެވެ. ރަނަގަޅު ބިންގާ ނެތި ދަރިވަރުންގެ މުސްތަގުބަލު ސީދާ ކުރުމަކީ ދަތިކަމަކަށް ވުން ގާތެވެ.

    ކަމެއް ނިންމުގެ ކުރީން ވިސްނާލުން ބުއްދިވެރިއެވެ. ކުރާކަމެއް ދެކޮޅު ޖެއްސޭތޯ މަސައްކަތް ކޮށްލާށެވެ. އަބަދު ބަދަލުކުރާ ނިންމުން ތަކަކަށް ދައުލަތުގެ ނިންމުންތައް ހެދުމަކީ ލަދުވެތި ކަމެކެވެ. އެލްބޯޑުގައިވެސް ދުއްވަންވާނީވެސް ވަކި މުއްދަތަކަށެވެ. ދަސްކޮށް އަޖުމަ ބެލުމުގައި ވަގުތު ގެއްލުވާނުލާ ނުވިކަމަށް ނިންމާ ގެއަށް ވަނުން އަބަދު އެލްބޯޑުގައި އުޅުމަށްވުރެ ރަނގަޅުވާނެއެވެ. 

    ]]>
    Sat, 20 Dec 2025 09:10:49 +0500 މުއާޒު
    ދެ އާޒިމުގެ ކޯޅުމެއް ނޫން & ރިޔާސީ ޕްރައިމަރީގެ ރިހާސަލް https://heerasnews.com/3751 https://heerasnews.com/3751 ދިވެހިރާއްޖެއާއި އަޅުގަނޑުމެންގެ ދަރިންނާއި ދަރީންގެ ދަރިންގެ މުސްތަގްބަލް ސަލާމަތްކުރަން ކުރާ މަސައްކަތުގައި އަތުގައި ހިފަން ޖެހުނު ކޮންމެ މީހެއްގެ އަތުގައި ހިފުމަކީ ވަރަށް ރަނަގަޅު ކަމެކެވެ. އެކަމަކު އެގޮތަށް ބައެއްގެ އަތުގައި ހިފަން ވާނީ އެކުގައި އަތުގައި ހިފައިގެން މަސައްކަތްކުރި އެތައް ބައެއްގެ އަތުން ދޫކޮށްލާފައެއް ނޫނެވެ. 

    އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ބައެއްގެ އަތުގައި ހިއްޕެވީ އެކުގައި އުޅުނު އެތައް ބައެއްގެ އަތުން ދޫކޮށްލައްވާފައެވެ. ޒާތީ ތައައްސުބުން ފޯވެ ހަލާކުވެފައިވާ ބައެއްގެ އަތުގައި ހިއްޕެވީ ވީހާލެއްގައި ވެގެން އުޅުނު އެތައް ބައެއްގެ ހިތުގައިޖައްސާ އެ މީހުންގެ އިހުސާސްތައް  އެއްފަރާތް ކޮށްލެއްވުމަށް ފަހުގައެވެ. 

    އެމްޑީޕީގައި ލަމުންއައި ރެނދު ފޭވެ ފަޅައިގެން ދިޔައީ ހިންގާލަން ނިކުތް ޓީމާއި ތިލަފަތުގެ ރަމްޒު ޓީމްގެ ގަދަ ހިފުމުގެ ތެރެއިންނެވެ. ހިންގާލާ ޓީމުގެ މުގުލަކީ ރައީސް ސޯލިހެވެ. ކުރި ބޯއްޓަކީ ފައްޔާޒް އިސްމާއީލެވެ. ތިލަފަތުގެ ރަމްޒުގެ މުގުލުގައި ހުންނެވީ ރައީސް ނަޝީދެވެ. ކުރި ބޯއްޓަކީ އިމްތިޔާޒް ފަހުމީއެވެ. ވާދަކުރީ ޗެއަރޕާސަން ކަމަށެވެ. 

    ފައްޔާޒުގެ ހިންގާލާ ޓީމު މެޗުން މޮޅުވުމުން ތިލަފަތުގެ ރަމްޒު ޓީމް ދަނޑުން ފައިބައިގެން ދިޔައީ ނިކަން ހުތުރު ކޮށެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު ގެއްލުނީ އެ ކޯޅުމުގެ ތެރެއިންނެވެ.

    އެމްޑީޕީ ނޫން ގޮތެއް ހޯދަން އެމްޑީޕީން ނިކުތް މީހުން ޗެއަރޕާސަން ފައްޔާޒު އިސްވެ ހުންނަވާ އަނބުރާ ގެނެސްގެން މުޅި އެމްޑީޕީ އެއްގަލަށް އެެރުވުނު ތަނެއް ނުފެނުނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށްވުރެ ބޮޑަށް މިއަދުވެސް ފެންނަނީ ބާރަށްޓަކައި ބަގުޑި ބައްދާ މަންޒަރެވެ. 2028ގެ ރިޔާސީ ޓިކެޓާ ހިފާތަނެވެ. ބައިބައިވުމެވެ. ހިޔާލު ތަފާތުވުމުގެ ތެރެއިން ހިޔާލު އެއްގޮތްކޮށް ގޮތްދޫކުރާތަނެއް ނުފެނެއެވެ. 

    ފައްޔާޒުގެ ޗެއަރޕާސަންކަމުގައި ހުންނަވަނިކޮށް އެމްޑީޕީގެ ޓިކެޓްގައި މާލެސިޓީ ކައުންސިލަށް އިންތިހާބުވި އެތައް ބަޔަކު ހުވާވެސް ނުކުރަނީސް ޕީއެންސީއަށް ސޮއިކޮށް ވަނީ ޕާޓީ ބަދަލުކޮށްފައެވެ. އެހެނެކޭ ކިޔާ ކުރެވުނު ކަމެއް ނެތެވެ. އޭރަކުވެސް މިހާރަކުވެސް ނެތެވެ. އެހެނަސް އެމްޑީޕީގެ އެންމެ ކައުންސިލަރަކު ނެތި މޭޔަރ އާދަމް އާޒިމް މާލެސިޓީއަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސްދީ އެމްޑީޕީގެ ނަން ވަނީ ދަމަހައްޓާ ދީފައެވެ. އެކަން އެހެން އޮތްއިރު ދަރިންނާއި ދަރީންގެ ދަރިންގެ މުސްތަގްބަލް ސަލާމަތްކުރަން ކުރާ މަސައްކަތުގައި އަތުގައި ހިފަން ޖެހުނު ކޮންމެ މީހެއްގެ އަތުގައި ހިފަން ތައްޔާރަށް ހުރި މީހަކު އަމިއްލަ ޕާޓީގެ ކާމިޔާބު ސިޓިންގ މޭޔަރު އަތުން ދޫކޮށްލާ ފޭލިކޮށްލަން ނިކުތުމަކީ ކުޑަ އަރަތެއް ނޫނެވެ.

    މުޅިން ކުރެހި ސާފުވެ ތިލަވަމުންދާ ބޮޑު މަންޒަރު ވަރަށް ތަފާތެވެ. ކުލަޖެހެމުން އަންނަ ހަގީގީ ބޮޑު މަންޒަރަކީ މޭޔަރ ޕްރައިމަރީއަކީ 2028ގެ ރިޔާސީ ޕްރައިމަރީގެ މައިލް ސްޓޯނަށް ވުމެވެ. މޭޔަރ ޕްރައިމަރީ ދާގޮތަކުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ދާނެގޮތުގެ ތަސައްވަރު ކޮށްލެވޭނެއެވެ. ނަތީޖާއިން އެކަން ފެނިގެން ދާނެއެވެ. އެހެންކަމުން މިހާރު އެމްޑީޕީގައި އެ ހިނގަނިއްޔަކީ ދެ އާޒިމުގެ ކޯޅުމެއް ނޫނެވެ. އެއީ ރިޔާސީ ޕްރައިމަރީގެ ރިހާސަލެކެވެ. 

    ]]>
    Sat, 20 Dec 2025 06:55:09 +0500 މުއާޒު
    އަވަށު ބައްދަލުވުމަށް ދަނީ ކުރިމައްޗަށް އަރާ ކުރުދޮށިންދޭން! https://heerasnews.com/3750 https://heerasnews.com/3750 އޮފީހުގައި ކުރާނެ މަސައްކަތެއް ނެތި ވަގުތު ގިނަވެގެން އުޅޭ އެއްވެސް ވެރިއަކު މުއިއްޒު ނޫނީ ނޫޅެއެވެ. ވެރިކަމަށް 2 އަހަރުވެގެން ދިޔައިރު ނިސްބަތުން ގިނައީ އޮފީހަށް ނުވަންނަ ދުވަހެވެ. ދުވަސްތައް ދުއްވާލަނީ ރާއްޖޭން ބޭރުގައާއި ރާއްޖެތެރޭގައި ދަތުރު ކުރުމުގައެވެ. މާލޭގައި ހުރިއްޔާ ކޮންމެވެސް ޕަބްލިސިޓީ ހޯދުމުގެ ސްޓަންޓެއް ޖެއްސުމުގައެވެ. 

    ނޫސްވެރިންނާ ބައްދަލު ނުކުރާތީ އެ ވާހަކަ ދެކެވެން ފެށުމުން ކުއްލިޔަކަށް އެއްދުވަހަކު ނޫސް ކޮންފަރެންސެއް ދޭނަމުގައި ނޫސްވެރިން ކުރިމަތީގައި ހެދުނުން ފެށިގެން ފަނަރަ ވަރަކަށް ގަޑިއިރު ކޮޅަށް ހުރެއްޖެއެވެ. ރެކޯޑް ހެދި ނޫސް ކޮންފަރެންސް ނިމުނީ ދޮގުމައްޗަށް އެތައް ދޮގެއް ހަދާ އަމިއްލަ ސޯޓު ބޭލިގެންނެވެ. ރެކޯޑް ހެދި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަވެގެން ދިޔަ އެއްވެސް މައްސަލައަކަށް ހައްލެއް އަދި އަދަށް ވެސް ނުލިބެއެވެ. 

    ފޯނު މެދުވެރިކޮށް ވީޑިއޯ ކޯލުން ރައީސާ ސުވާލު ކުރުމުގެ ޕްރޮގްރާމެއް ވެސް ފެށިއެވެ. އެކަންވެސް ދިޔައީ ތޮޅިއަށެވެ. މަޝްހޫރު ޝަކީބްބެ ބޭނުންކޮށްގެން ޕޮޑްކާސްޓެއް ވެސް ހިންގަން ފެށިއެވެ. ކަން ނިމުނީ ޕީއެސްއެމްގެ އެމްޑީކަން ޝަކީބްބެއަށް ލިބިގެންނެވެ. 

    ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވުމުން ރައްޔިތުންނާ މާގާތުން ވެރިކަން ކުރެވޭ މީހެއްކަމަށް ދެއްކެންވެގެން އަނެއްކާވެސް އައު ކުޅިއެއް މުއިއްޒު މިވަނީ ފަށާފައެވެ. މުއިއްޒު މިފަހަރު މިކުޅޭ ކުޅިއަކީ ރައްޔިތުންގެ އަޑުއަހައިގެން ވެރިކަން ކުރާކަމަށް ހެދެން ހުޅުވާލައިގެން މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމެވެ. ތަރުތީބަކުން ހިންގާ ސަރުކާރެއް ނޫންކަމުން މާކަންކުރެވޭ ކަންދައްކަން މީހަކު ތެދުވެ ބުނާހާކަމެއް ހަމައެއް ލަމައެއް ނެތި ކުއްލިޔަކަށް ކޮށްލައިގެންވެސް ގިނަކަންތައް ގޮއްވާލަނީ އަތަށެވެ.

    މާތްކަލާކޯއެވެ. މާލޭ އަވަށްތަކުގެ ގިނަ މީހުން ކަމާކަން ފަށަށް ބައްދަލުވުމަށް ދަނީ ކުރާ ތާއީދަކުން ވާ ލޯތްބަކުން ނޫނެވެ. ރީތިކަމުން ދެކިލާ ސަލާންކޮށްލާ ހިތަކުންވެސް ނޫނެވެ. މުއިއްޒު ބާއްވާ އަވަށު ބައްދަލުވުމަށް މީހުންދަނީ ސަރުކާރެއް ފޭލިވެ ދިރިތިބޭން ދަތިވެގެންނެވެ. ދިރިއުޅެން އުފުލަން ޖެހިފައިވާ ވޭނާ ކެކުޅުމާއި ތަކުލީފް ބޮޑުކަމުންނެވެ. ވަޒީރުންނާއި އެމްޑީންނާއި މެންބަރުންގެ ފުށުން ހައްލުވާ ހަމަ އެއްކަމެއް ވެސް ނެތުމުންނެވެ. 

    އަވަށު ބައްދަލުވުމަށް ގިނަ މީހުން ދަނީ ކަަމެއް ހައްލުވެދާނެ ކަމަކަށް ނޫނެވެ. ބޮޑުތަނުން މުޅި ސަރުކާރު ފޭލިވެފައި އޮތުމުން ކުރިމައްޗަށް އަރާ ކުރު ދޮށިން ދޭށެވެ. އެވަރުން ނުވެގެން މުއިއްޒުގެ މުސީބާތުން ސަލާމަތް ވުމަށް އެދި ޖަމާއަތް ހަދައިގެން ދުއާއަށް އަދި އަތްވެސް ނަގާނެ ދުވަސް މާ ލަހެއް ނުވާނެއެވެ.  

    ]]>
    Fri, 19 Dec 2025 14:43:14 +0500 މުއާޒު
    މާލޭގައި ދިރިއުޅޭ ރަށްރަށު މީހުންނާ ރައީސް ބައްދަލެއް ނުކުރާނެ؟ https://heerasnews.com/3749 https://heerasnews.com/3749 މާލެ މާލެއަކަށްވީ އަތޮޅުތެރެއިން މީހުން މާލެ އައިސްގެން ކުރި މަަަސައްކަތުންނެވެ. މާލޭގައި ހއ އިން އައްޑޫއަށް ނިސްބަތްވާ މީހުން ގިނައެވެ. ހއ ތުރާކުނުން މުއިއްޒުގެ ރަށް ވަށަފަރު ހިމެނޭހެން އައްޑުއަތޮޅު ގަމާއި ހަމައިން މުޅި ރާއްޖެއިން އެކި ބޭނުންތަކުގައި މީހުން އައިސް އުޅެ ކުރިހާ ކަންކަމުންނެވެ.

    އެކި ރަށުން މާލެއަށް މީހުން އައީވެސް ކަންތައްތަކަކާ ހުރެއެވެ. އެކިއެކި ޒަރޫރަތްތައް ފުއްދުމަށެވެ. ބައެއް މީހުން ވިޔަފާރި ފަށައިގެންނެވެ. ދަރިންނަށް ތައުލީމު އުނގަންނައިދޭށެވެ. އަނެއްބަޔަކު ވަޒީފާއެއްގެ ބޭނުމުގައެވެ. ބޭސް ފަރުވާ ކުރެވެން އޮތް ހަމައެކަނި ތަނަކީ މާލެ ކަމުގައި ވުމުންނެވެ.

    މާލެއަކީ ރާއްޖޭގެ ކެޕިޓަލް ސިޓީއެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ނެތް އެތައް ފުރުސަތު ތަކެއް މާލޭގައި އޮވެއެވެ. އަތޮޅުތެރެއިން މާލޭގައި އުޅޭ ހިތުން އަންނަ މީހަކު މަދުވާނެއެވެ. މާލޭގައި ދިރިއުޅޭ ވަށަފަރު މީހާގެ ވެސް ބޭނުންތަކެއް ވާނެއެވެ. އެ މީހުން ހޯދަން ޖެހެނީ ހަމައެކަނި ވޯޓު ކަރުދާހުގައި ކުޑަ ކާފެއް ކުރަހާކަށް ނޫނެވެ.

    ތުރާކުނު މީހާއިން ފެށިގެން އައްޑުއަތޮޅަށް ނިސްބަތްވާ އެތައް ހާސް ބަޔަކު ދަތި ހާލުގައި ވެސް ދިރި އުޅެނީ މި ފުރަ މާލޭގައެވެ. މާލޭގައި ހާލުގައި ދިރިއުޅޭ އަތޮޅުތެރޭގެ އެތައްހާސް ބަޔަކު އުޅެއެވެ. މުއިއްޒު ރެކޯޑް ހަދަން މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރާ ފަދައިން، މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ މީހުންނާއި ބައްދަލު ކުރަންޖެހޭ ކަމަށް ދެކެމެވެ. އެ މީހުންގެ އުދާސްތައްވެސް ބައިބަޔަށް ބަހައިގެން އަޑު އަހާލަން ވާނެއެވެ. ވަރަށް ވާހަކަ އޮންނާނެއެވެ. ފަހަރުގައި ވިއްކާލާނެ ރަށެއްވެސް ހުސްވެދާނެއެވެ.

    މާލޭ އަވަށްތަކާއި ވިޔަފާރި ވެރިންނާއި ބައްދަލު ކުރި ފަދައިން ރިސޯޓު ކުދިންނާއި ފަތުރުވެރި ދާއިރާގައި މަސައްކަތްކުރާ ކުދިންގެ އުދާސްތައް ވެސް އަހާ ނުލައެއް ނުވާނެއެވެ. ތިޔަކުރާ ބައްދަލު ކުރުންތަކުގެ ކޮންމެވެސް ހިސާބެއްގައި ކުރީގެ ރައީސުންނާ އެކުގައިވެސް ހުޅުވާލެވިފައިވާ ބައްދަލުވުމެއް ބާއްވާ ލައްޗެވެ. ކޮށިއަރުވާލާނެތީ ނުކެރޭނެދޯއެވެ. 

    މިހާތަނަށް ބޭއްވި ބައްދަލުވުންތަކުން އެނގުނީ ވިހި ބާވީސް މިނިސްޓްރީ ހަދައިގެން ކޮށްދެވުނު ކަމެއް ނެތްކަމެވެ. ވަޒީރުންގެ ނާގާބިލު ކަމެވެ. ތިބި ވަޒީރުން ވަކިކޮށް ހިންގުން އޯވަރހޯލް ކުރަން ޖެހިއްޖެކަމެވެ. އެސްއޯއީތަކަކީ ބޭކާރު ތަންތަން ކަމެވެ. މުއިއްޒާއި މުއިއްޒުގެ މުޅި ސަރުކާރު ފޭލިވެފައިވާ ކަމެވެ. 

    ]]>
    Fri, 19 Dec 2025 13:24:28 +0500 މުއާޒު
    ހޭވަރިވާނީ ރާއްޖެއަށް ޓްރެވަލްބޭން އަޅަން ފެށުމުން؟ https://heerasnews.com/3748 https://heerasnews.com/3748 ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދަކަށް ބިދޭސީން އުޅެއެވެ. ހުޅުމާލެއާއި މާލެއާއި ވިލިމާލެއާއި އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމުގައި ވެސް ބިދޭސީން އުޅެއެވެ.

    އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ޔޫރަޕުގެ ބައެއް ގައުމުތަކާއި ގަލްފްގެ ގައުމުތަކުގެ މީހުންވެސް ރާއްޖޭގައި އުޅެއެވެ. ޓޫރިސްޓުންގެ ގޮތުގައާއި އިންވެސްޓަރުންގެ ގޮތުގައާއި ޕްރޮފިޝަނަލް ހިދުމަތުގައާއި މަސައްކަތު މީހުންގެ ގޮތުގައެވެ. ދިވެހިންނާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ބިދޭސީންވެސް އެހާ ގިނައެވެ.

    ބިދޭސީންނަށް އަމާޒުކޮށްގެން ވަކި ގަޑިއެއްގައި ނިކުމެ އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް ފިޔަވަޅު އަޅަން ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. ގާނޫނު އަސާސީއާއިވެސް ހިލާފު ކަމެކެވެ.

    މީހަކު ނިސްބަތްވާ ގައުމަކުން ނަސްލަކުން ކުލައަކުން ޖިންސަކުން ތަފާތު ކުރުމަކީ ސަރުކާރަކުން ކުރާނެ އެންމެ ލާއިންސާނީ ކުށެވެ. ނަސްލީ ތަފާތު ކުރުމަކީ ބައިނަލްއަގުވާމީ ކުށެކެވެ. 

    އާއްމު އުސޫލާ ހިލާފަށް ވަކި ގަޑިއެއްގައި މަގުމަތީގައި އުޅޭ މީހުން ހުއްޓުވާ ސުވާލު ކުރަނީ ކާފިއު ހިންގާފައި އޮންނަ ހާލަތުގައެވެ. ކާފިއުގެ ހާލަތުގައިވެސް ހުއްޓުވާ ސުވާލު ކުރުމަކަށް ވަކިބަޔަކު ތަފާތެއް ނުކުރެއެވެ.

    ދިވެހިރާއްޖެ ފަދަ ޓޫރިސްޓު ޑެސްޓިނޭޝަނެއްގައި ބިދޭސީންނަށް އަމާޒުކޮށް މީހުން ހުއްޓުވާ ސުވާލު ކުރުމަށް ނިންމުމަކީ އެއްވެސް ގޮތަކުން އެހާ ދުޅަހެޔޮ ނިންމުމެއް ނޫނެވެ. ކަމަކީ ދިވެހިރާއްޖޭގައި ގާއިމުވެފައިވާ ގަވާއިދުތަކާއި ސޮއިކޮށްފައިވާ އައިއެލްއޯގެ އުސޫލުތަކާއި އެނޫންވެސް ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ފުށު އަރާނެ ކަމެކެވެ.

    ދިވެހި ގިނަ ވިޔަފާރިތަކާއި މަސައްކަތް ތަކުގައި ގިނަ ވަގުތު ތަކެއް ވަންދެން ބިދޭސީން މަސައްކަތް ކުރެއެވެ. ގެސްޓުން ވެސް ގިނަ ވަގުތު މަގުމަތީ ހަރަކާތްތެރިވެ އުޅެއެވެ. ހަމައެކަނި އަވައްޓެރި ގައުމުތަކުގެ މީހުނަށް އަމާޒު ކުރުމަކީ ނުރައްކާ ކުޑަކަމެއް ނޫނެވެ. ދިވެހިންވެސް ބޭރު ގައުމުތަކުގައި އުޅޭކަން އެގޭނަމަ ވިސްނާލިހެވެ. ކަމަކީ ވަރަށް ދޯހަޅި ނިންމުމެކެވެ.

    ހާއްސަކޮށް އެންމެ ވަރުގަދަ ޓޫރިސްޓު ސީޒަނާއި ދިމާކޮށް ވެސް އެއްޔަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ހޭވަރި ވާނީ ގައުމުތަކުން ރާއްޖެއާއި ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީތައް ނެރެ ބޭން އަޅަން ފެށުމުންނެވެ.

    ]]>
    Thu, 18 Dec 2025 23:33:42 +0500 މުއާޒު
    ކެމްޕޭނެއް ބޯމަތިވުމުން މީހުން އެއްކޮށްގެން ޑްރާމާ ނުކުޅުއްވާާ. https://heerasnews.com/3747 https://heerasnews.com/3747 ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މާލޭ އަވަށް އަވަށުގެ މީހުންނާ ބައްދަލު ކުރެއްވުމުގެ ސިލްސިލާއެއް ރައީސް މުއިއްޒު ވަނީ ފައްޓަވާފައެވެ. ބައްދަލުވުންތައް ކުރިއަށް ގެންދަވަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ބޭނުންހާ ވާހަކައެއް ދެއްކުމަށް އާއްމުންނަށް ފުރުސަތު ދެއްވައިގެންނެވެ. ކެރޭ މީހުން ތެދުވެ އުދާސްތައް ދަނީ ބަންޑުން ކުރަމުންނެވެ. 

    ރައީސް މުއިއްޒު މިކަން މިކުރައްވަނީ ކޮންކަމެއް އެނގިވަޑައިނުގެން އޮވެގެން ހެއްޔެވެ. ކޮން ނަތީޖާއެއް ނެރެދެވޭނެ ކަމަށް ހެއްޔެވެ. ދައުލަތް ހިންގުމަކީ ކިރަށް ރޯ ދަރިންނަށް މައިން ބުއްޖައްސާހެން ކުރާކަމެއް ހެއްޔެވެ. 

    ރައީސް މުއިއްޒަށް މާލޭގެ ބޯހިޔާވަހިކަމުގެ އެނގިވަޑައިނުގެން އޮތީ ކޮން ހާލަތެއް ހެއްޔެވެ. ވެރިކަމަށް އަރާވަޑައިގެން ފަހުން އަލަށް ފްލެޓެއް ނޭޅުއްވޭތާ އަޅާފައިވާ ފްލެޓްތައް ދީފައިވާ މީހުންނާ އެތަންތަން ހަވާލުކޮށް ނުދެއްވާ ދެ އަހަރުވީއެވެ. މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ދިންތާކުން ދިންގޮތަކަށް ދެއްވަން ވިދާޅުވި ވެރިކަމަށް ދެ އަހަރުވީއެވެ. ނުދެއްވުނެވެ ދެއްވޭކަމަކަށް ނުހެއްދެވިއެވެ.

    ރައީސް މުއިއްޒުގެ ވެރިކަމަށް މިވީ 2 އަހަރުތެރޭގައި ކަމެއް ހައްލުކުރައްވަން އުޅުއްވިނަމަ ކުރީގެ ވެރިކަން ނިމުނުއިރު ނުހިކިއޮތް 600 ގޯތި ހިއްކާ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ދިން ގޯތިތައް އޮތް ސަރަހައްދުގައި އަސާސީ ހިދުމަތް ގާއިމުކޮށް ނިންމުނީހެވެ. ކުރީ ސަރުކާރުން ނިންމާފައި އޮތްކަމެއް އެ ނިންމި ގޮތަށް ހަވާލު ކުރެއްވިނަމަ ގައިމުވެސް މާލޭގެ 9000 އާއިލާއެއްގެ މީހުން ގޯތި ނެތިގެން ޝަކުވާއެއް މިހާރަކު ނުކުރީހެވެ. މި ހުރިހާ ދުވަސް ވެގެން ދާއިރު ފްލެޓްތައް ހަވާލު ކުރެއްވިނަމަ 4000 ހާސް އާއިލާއަކުން ފްލެޓް ނެތިގެން ޝަކުވާއެއް ނުކުރީހެވެ. 

    މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް އިސްނަންގަވައިގެން ރެޔާދުވާލު ކުރެއްވި މަސައްކަތުން ސިޓީ ކައުންސިލުން އޮޅުހިޔާ އެހުރީ ބިނާކޮށްފައެވެ. އޮޅުހިޔާ ސަރުކާރަށް ނުނަންގަވާ ސިޓީކައުންސިލުން ބުޅަލުގެ މައްސަލަ ހައްލުކުރަން ދޫކޮށްލެއްވިނަމަ ބުޅާ ގުއިން މާލެ ސިޓީ މިހާރު އޮތީހީ ސަލާމަތް ކުރެވިފައެވެ. 

    ބަހަނާ ނުދައްކަވާށެވެ. ކުރައްވަން ބޭނުންފުޅު ވީމާ މާލޭ ބޮޑުތަކުރުފާނު މަގުން ބައެއް ފުޅާކޮށްލެއްވުން ބޮޑުކަމަކަށް ނުވިއެވެ. ރަސްމާލެ ހިއްކަން ދުނިޔޭގެ އެންމެ ބޮޑު ޖައްރާފު ގެންނާކަށް ވެސް އުނދަގުލެއް ނުވިއެވެ. ބޭނުންފުޅުވުމުން ނުކުރެއްވޭ ކަމެއްނެތެވެ. ކެމްޕޭނެއް ބޯމަތިވުމުން ރައްޔިތުން ތަންތަނަށް އެއްކުރައްވައިގެން ޑްރާމާ ނުކުޅުއްވާާށެވެ.  

    ]]>
    Thu, 18 Dec 2025 13:16:57 +0500 މުއާޒު
    ރައީސް މުއިއްޒަށް ތައުރީފް ހައްގު ފައިދާހުރި ނިންމުމެއް https://heerasnews.com/3746 https://heerasnews.com/3746 ދިވެހިންނަށް ވަޒީފާ ހޯދާދިނުމުގެ ގޮތުން ބިދޭސީ މުއައްޒަފުން ނުގެންގުޅެވޭނެ ދާއިރާތަކެއް ކަނޑައެޅުމަކީ ސަރުކާރުން ނިންމި ރަނގަޅު ނިންމުމެކެވެ. ބައެއް ވަޒީފާ ދިވެހިންނަށް ހާއްސަ ކުރެވިގެން އެވަޒީފާތަކަށް ކޯޓާ ދޫނުކުރާގޮތަށް ނިންމި ނިންމުމަށް މަރުހަބާ ކިޔަމެވެ. 

    ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ބިދޭސީން ވަޒީފާ އަދާކުރުން މަނާ ވާނެ ދާއިރާތައް މިހާރު އެހުރީ ކަނޑައެޅިފައެވެ. ހަމައެއާއިއެކު މިހާރު ހުރި ކޯޓާތައް ބާތިލު ވާނެ މުއްދަތުތައް ވެސް އެވަނީ ކަނޑައަޅާފައެވެ. ސަރުކާރުން އެނިންމި ނިންމުމުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އެއް ގޮތަކަށް ވެސް ކޯޓާ ދޫނުކުރެވޭނެ ވަޒީފާތަކެއް ކަނދައެޅިގެން ދިއުމެވެ. 

    އެއްގޮތަކަށް ވެސް ކޯޓާ ދޫނުކުރަން ނިންމި ވަޒީފާތައް: 

    • ޓެކްސީ ޑްރައިވަރުން / ކުލީ ދަތުރުކުރާ އެއްގަމު އުޅަނދުގެ ޑްރައިވަރުން
    • މަތިންދާބޯޓުފަހަރުގެ ކޯ-ޕައިލެޓުން / ފަސްޓް އޮފިސަރުން
    • ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ކެޕްޓަނުން
    • ފޮޓޯގްރަފީ އާއި، ވީޑިއޯގްރަފީ އާއި، އެއާ ގުޅުން ހުރި މަސައްކަތްތައް
    • މުނިފޫހިފިލުވުމުގެ ދާއިރާގެ މަސައްކަތަށް
    • ކެފޭ އާއި ރެސްޓޯރަންޓުތަކުގައި މަސައްކަތް ކުރާ ކޭޝިއަރުން

    ބުނެވިދިޔަ ވަޒީފާތަކަށް ކޯޓާ ދޫނުކުރަން ނިންމާފައި އޮތަސް، ވަޒީފާގެ ބާޒާރުން ދިވެހި މަސައްކަތްތެރިން ލިބެން ހުރި ނެތް މިންވަރަށް ބަލައި ބަދަލު ގެނައުމުގެ އިހުތިޔާރު އޮތުމަކީވެސް އެންމެ ރަނގަޅުކަމެކެވެ. 

    ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މިހާރު ހުރި ކޯޓާތައް ބާތިލުކޮށް އެ ވަޒީފާތަކަށް ކޯޓާ ދޫކުރާނެ ވަޒީފާތަކެއްވެސް ވަނީ ކަނދައަޅާފައެވެ. މިހާރު ހުރި ކޯޓާތައް ބާތިލުކޮށް ކޯޓާ ދޫކުރާނެ ވަޒީފާތަކަކީ: 

    • ހެއާރ ޑްރެސާރ
    • ބިއުޓީޝަން
    • ބޭބީ ސިޓާރ
    • ޕާސަނަލް ޓްރެއިނަރ
    • އިލެކްޓްރީޝަން
    • ގެސްޓް ރިލޭޝަން އޮފިސަރ (އިންގްލިޝް)
    • ޓުއާރ ގައިޑް
    • އެކައުންޓަންޓް
    • އިމާމް

    ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ވެސް މިހާރު ހުރި ކޯޓާތައް ބާތިލުކޮށް އެ ވަޒީފާތަކަށް ކޯޓާ ދޫނުކުރާނެ ވަޒީފާތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. މިހާރު ހުރި ކޯޓާތައް ބާތިލުކޮށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކޯޓާ ދޫނުކުރާނެ ވަޒީފާތަކަކީ:

    • ޑައިވަރ
    • ނަރުސް
    • ބިލްޑިން އިންސްޕެކްޓަރ
    • ސާވެޔަރ
    • ސައިޓް ސުވަވައިޒަރ
    • ޕައިލެޓް
    • ފޮޓޯގްރާފަރ

    ހަމައެގޮތަށް ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި މިހާރު ހުރި ކޯޓާތައް ބާތިލުކޮށް، އެ ވަޒީފާތަކަށް ކޯޓާ ދޫނުކުރާނެ ވަޒީފާތަކަކީ:

    • އިލެކްޓްރިކަލް އިންޖިނިއަރ
    • ޑައިވް އިންސްޓްރަކްޓަރ

    ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައިވެސް މިހާރު ހުރި ކޯޓާތައް ބާތިލުކޮށް ކޯޓާ ދޫނުކުރާނެ ވަޒީފާތަކެއްވަނީ ކަނޑައަޅާފައެވެ. އެ ވަޒީފާތަކަކީ:

    • ހައުސް ކީޕިންގ މެނޭޖަރ
    • ހިއުމަން ރިސޯސަސް މެނޭޖަރ
    • ފްރޮންޓް އޮފީސް މެނޭޖަރ
    • ޕްރައިމަރީ ޓީޗަރ އަދި ސެކަންޑަރީ ޓީޗަރ

    ދިވެހިންނަށް ހާއްސަކުރަން ނިންމި ވަޒީފާތަކުގައި މިހާރު ވެސް ގިނަ އަދަދަކަށް ބިދޭސީން އެބަތިއްބެވެ. މިގޮތަށް ހަމަޖެހުމުން ޓޫރިޒަމް ދާއިރާގެ ވަޒީފާތަކާއި، ބިއުޓީޝަނުންނާއި ނަރުހުންގެ ގޮތުގައި އުޅުމަށް ދިވެހީންނަށް ފުރުސަތު ފަހިވެެންދާނެއެވެ. މިހާރު ކިޔަވަމުންދާ ގިނައަދަދެއްގެ ޕައިލެޓުންނަށްވެސް ރާއްޖޭން ވަޒީފާގެ ފުރުސަތު ލިބިގެން ދާނެއެވެ.

    ]]>
    Wed, 17 Dec 2025 15:21:03 +0500 މުއާޒު
    މީޑިއާއަށް އޮތް މިނިވަންކަމަކީ މުއިއްޒަށް ސަނާކިޔުމާއި ކުރުވާހަކަ ކިޔުން https://heerasnews.com/3745 https://heerasnews.com/3745 މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ނޫސްވެރިކަމުގެ ސްލޫކީ މިންގަނޑެއް ހަދާ އާއްމުކޮށްފިއެވެ. އާއްމުކުރި ސުލޫކީ މިންގަނޑުގައި ހިމެނޭ ގިނަ ކަންކަންހުރީ ވަރަށް ދާއިރާ ފުޅާކޮށް ކަމިޝަނުން ބޭނުންވާހާ މާނައެއް ކުރެވޭ ގޮތަށެވެ. ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ މީޑިއާއެއްވެސް ބަނދެލެވޭނެހެންނެވެ. 

    މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ނޫސްވެރިކަމުގެ ސްލޫކީ މިންގަނޑުން ތަފާތު ހިޔާލަކަށް ޖާގައެއް ނުދެއެވެ. ވިސްލްބްލޯއަކަށް ޖާގައެއް ނުދެއެވެ. މަސްދަރު ސިއްރުކުރާކަށް ޖާގައެއް ނުދެއެވެ. ތަހުގީގީ ނޫސްވެރިކަމަކަށް ޖާގައެއް ނުދެއެވެ. ސިޔާސީ ފާޑުކިޔުމަކަށް ޖާގައެއް ނުދެއެވެ. ހަގީގަތް ހާމަކުރުމަކަށް ޖާގައެއް ނުދެއެވެ. ލަފާކުރުމާއި ދެކޭގޮތް ހާމަ ކުރުމަކަށް ވެސް ޖާގައެއް ނުދެއެވެ. 

    ސަރުކާރުގެ އިދާރާއަކުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ނޫނީ ވަކިކަހަލަ މައުލޫމާތެއް ހާމަކުރުން ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ނަމުގައިވަނީ ހިފެހެއްޓިފައެވެ. އަސްކަރަށްކުރާ ބޭކާރު ހަރަދުގެ ވާހަކައާއި ތުރުކީން ގަންނަ ޑްރޯންތަކާއި ހަތިޔާރުގެ ވާހަކަ ފަދަ ވާހަކަތައް މީޑިއާތަކުން ގެނެސް ދެންޏާ އެކަމަކީ ގައުމީސަލާމަތަށް ނުރައްކާކުރުން ކަމުގައިބަލާ މީޑިއާތަކަށް ފިޔަވަޅުއަޅަން ޖާގަހެދީއެވެ. 

    ދޮގަކަށް ވެދާނެކަމަށް ބެލުމުގެ ފުރުސަތު ބޮޑު ވާހަކައިގެ ގޮތުގައި ބަލާ ސަރުކާރުން ހިންގާ ބޮޑެތި ކޮރަޕްޝަނާއި ފަސާދައާއި އެހެނިހެން ޖަރީމާތަކުގެ ވާހަކަ މީޑިއާތަކުން ގެނެސްދިނުް ހުއްޓުވުމަށް ޖާގަހެދީއެވެ. ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކަ ދޮގަކަށް ވެދާނެކަމަށްޓަކައި ދެއްކޭކަށް އޭރަކުން ނޯންނާނެއެވެ. ކިތަންމެ ބޮޑު ހަގީގަތެއް ނަމަވެސް އެކަމެއްގައި ސަރުކާރުގެ މަސްލަަހަތެއް އޮތްނަމަ އެކަމެއް ދޮގުކުރުމަކީ ސަރުކާރުން އާއްމުކޮށް ކުރާކަމެކެވެ. އެހެން ކަމުން ދޮގަކަށް ވެދާނެ ކަމަށްޓަކައި ހެއްކާ ގަރީނާ ކިތަންމެ ގިނަޔަސް ނޫސްވެރިޔާއަށް އެޒާތުގެ އެއްވެސް މައުލޫމާތެއް ހާމަ ކުރެވޭކަށް ނެތެވެ. 

    މަތި މައްޗަށް ރައީސް މުއިއްޒު ދޮގުހަދާ އޮޅުވާލަމުން ދިޔަޔަސް ވަރިހަމައެވެ. ސަރުކާރުގެ މަތިބަރުވެގެން ގޮސް އިނދަޖެހުނަސް ވަރިހަމައެވެ. ހުއްޓާނުލާ ދަތުރުކޮށް ދައުލަތުގެ ފައިސާ ބޭކާރުގޮތުގައި ތަޅާބުރުއްސިޔަސް ވަރިހަމައެވެ. ރަށްރަށުގައި ހިންގަންފަށާފައިވާ މަޝްރޫއުތައް ހުއްޓި ފޫނުބެދޭހާ ބޮޑެތި ގެއްލުންވިޔަސް ވަރިހަމައެވެ. އާސަންދަ ނުލިބި މީހުން މަރަށް ތެޅުނަސް ހެވެވެ. ބޭސްނުލިބި ރައްޔިތުން އެދުމަތިވިޔަސް ވަރިހަމައެވެ. ދަރަނި އަދާނުކުރެވި މުޅި ގައުމު ބަޑަށްޖެހޭ ހިސާބަށް ދިޔަސް ހެވެވެ. އެފަދަ އެއްވެސް ވާހަކައެއް މީޑިއާއަކުން ދައްކާލައިފިނަމަ ނަފްރަތުގެ ކޮންޓެންޓާއި ނަފްރަތު އުފައްދަން ހިތްވަރުދޭ ކޮންޓެންޓުގެ ގޮތުގައި ބަލާ މާނަކޮށް މީޑިއާތަކަށާއި ނޫސްވެރިންނަށް ފިޔަވަޅުއަޅަން ކޮންޓްރޯލް ކޮމިޝަން އެއޮތީ ތައްޔާރުވެފައެވެ.

    ކޮންޓްރޯލް ކޮމިޝަނުގެ ސްލޫކީ މިންގަނޑުން ކުރާ ނޫސްވެރިކަމެއްގައި ސަރުކާރުން ފަތުރަން ބޭނުންވާ ހަބަރާ މައުލޫމާތު ފެތުރުން ނޫން ކަމެއް  ނުކުރެވޭނެއެވެ. މީޑިއާ ތަކުން މިހާރު ކުރަން އޮތްކަމަކީ ރައީސް މުއިއްޒަށް ސަނާކިޔުމާއި ސަރުކާރުގެ އިދާރާތަކުން ބުނާއެއްޗެއް ބުނިގޮތަކަށް ގެނެސް ދިނުމާއި ފުރުސަތުގެ ފުރުސަތުކުޅުމާއި ކުރުވާހަކަ މުބާރާތް ބޭއްވުމެވެ.   

    ]]>
    Wed, 17 Dec 2025 14:19:50 +0500 މުއާޒު
    މުއިއްޒު ބަލަންބުނި އެމްއެމްޕީއާރުސީ ހިޔާނާތުގެ ހިލަމެއްނެތް https://heerasnews.com/3744 https://heerasnews.com/3744 މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު އޮތް އެތައް ބަޔަކު ކުރިފުޅުމަތީ ތިއްބައިގެން ބޭއްވެވި ހަރުގެ ޖަލްސާއެއްގައެވެ.

    ރައީސް އެހެންވިދާޅުވުމުން މޫނުގެ ކުލަ ބަދަލުނުވާ އެކަކު އެތާ ނެތެވެ. ޕީއެންސީ މައި ހަރުގޭގައި ހުންނަވާ ރައީސް އެހެން ވިދާޅުވުމުން ޕީއެންސީގެ މޭގަނޑު ގުޑައިގެން ދިޔައެވެ. އެހެން ވާނެތާއެވެ. ޕީއެންސީގެ އިސް ސަފުގައި އެމްއެމްޕީއާރުސީ ހިޔާނާތުން ބައިނޭޅޭ މީހަކު މަދެވެ. 

    އެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބަލާ ފިޔަވަޅު އަޅުއްވަން ރައީސް މުއިއްޒު ވިދާޅުވިފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބޮޑު ހިޔާނާތުގެ ތަހުގީގު ކުރާގޮތެއް އޮތް ހިސާބެއް އެނގޭ އާދަމުގެ ދަރިއަކުނެތެވެ.

    ކުއްލިއަކަށް އިވުނީ އެމްއެމްޕީއާރުސީ ހިޔާނަތާއިގުޅޭ ގޮތުން ކުރީގެ ލީގަލް މިނިސްޓަރ އާޒިމާ ޝިކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެނައި އަޑެވެ. އާޒިމާގެ ޝަރީއަތް ހިންގާލަން ނުކެރުނު ދައުލަތަކަށް ރައީސް މުއިއްޒުގެ ވަށައިގެން ތިބި އައުވާނުންގެ ތަހުގީގު ހިންގާ އިންސާފުވެރި ޝަރީއަތެއް ހިންގާކަށް ނުކެރޭނެއެވެ. 

    ]]>
    Tue, 16 Dec 2025 18:36:09 +0500 މުއާޒު
    އިހުސާނަށް: ގޭންގްތައް އޮޕަރޭޓްކުރަން ރައީސް އޮތީ ޖާގަދީފަ https://heerasnews.com/3743 https://heerasnews.com/3743 ރައީސް މުއިއްޒު ވިދާޅުވަނީ ރާއްޖޭގައި ގޭންގް ނެތްކަމަށެވެ. ރައީސް ވިދާޅުވާ ގޮތުގައި ގޭންގް ހަދަައިގެން އުޅުނު ހުރިހާ ކުދިން ކުށްކުރުން ދޫކޮށް މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމުގައި މަޝްގޫލު ވެއްޖެއެވެ. އެހެން ނަމަވެސް ރައީސް މުއިއްޒުގެ ދާހިލީ ވަޒީރު ވިދާޅުވަނީ މުޅިން އެހެން ވާހަކައެކެވެ. 

    އަލަށް ހުވާކުރި ފުލުހުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ ދިވެހިރާއްޖޭގައި ގޭންގު ހަދައިގެން ކުށް ކުރަމުން އަންނަ ގްރޫޕުތައް އެއްކޮށް ގާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ. ގޭންގުތަކުގެ ކިބައިން ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށެވެ. 

    ގޭންގް ނެތި ގޭންގް ކުށެއް ނުއޮންނާނެއެވެ. ގާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭ ގޭންގް ހަދައިގެން ކުށްކުރާ ބަޔަކުވެސް ނޫޅޭނެއެވެ. ނެތް އެއްޗަކުން ސަލާމަތްވާން ކުރެވޭނެހާވެސް ކަމަކީ އެއްޗެއް އުފެދުނަ ނުދިނުމެވެ. 

    ޑްރަގާއި ބޭރު މީހުންގެ މައްސަލައަކީ ރާއްޖޭގައި ދިމާވެގެންއުޅޭ ވަރަށް ބޮޑު ގައުމީ މައްސަލަތަކެކެވެ. އެކަމަކު ގޭންގާ ބެހޭގޮތުން ރައީސް މުއިއްޒު ވިދާޅުވަނީ ގޭންގާއި ގޭންގްކުށަކީ ރާއްޖޭގައި މިހާރަކު އޮތްކަމެއް ނޫން ކަމަށެވެ. އެހެންކަމަށް ވާނަމަ ޑްރަގާއި ބޭރުމީހުންގެ މައްސަލައާއި އެއްވަރުގެ ގައުމީ މައްސަލައަކަށް ގޭންގްތަކުގެ ކިބައިން ގައުމު ސަލާމަތްކުރުން ދާހިލީ ވަޒީރަށް މުހިންމު ވަނީ ކީއްވެހެއްޔެވެ. 

    ހަގީގަތަކީ ގޭންގާއި ގޭންގްކުށް ރާއްޖޭގައި މިހާރު ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމަކީ އާދައިގެ މަތީން ރައީސް ހެއްދެވި ބޮޑު ދޮގެކެވެ. ދާހިލީ ވަޒީރު އިހުސާން އެ ވިދާޅުވަނީ ރަނގަޅަށެވެ. ރާއްޖޭގައި ގޭންގާއި ގޭންގްކުށް ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި އެބައޮތެވެ. ގޭންގާއި ގޭންގްކުށުން ރާއްޖެ ސަލާމަތް ކުރަންޖެހެއެވެ. 

    ފުލުހުންނާއި ކޯޓުތައް އިންސާފާއި ހައްގު ހޯދައިދިނުމުގައި ފޭލިވެފައި އޮތުމުގެ ސަބަބުން ހައްގު ހޯދަން މީހުން އާއްމުކޮށް ދާތަނަކީ ގޭންގުތައް ކަމަށް މިހާރު ވަނީ ވެފައެވެ. ފުލުހުންނާއި ކޯޓުތަކަށްވުރެ ގޭންގްތަކުގެ ބާރު ރާއްޖޭގައި މާގަދައެވެ. އެންމެފަހުން ރާއްޖޭގައި ގޭންގް ނެތްކަމަށް ކަނޑައަޅާ އެންޑޯޒްކޮށްދީ ގޭންގްތައް އޮޕަރޭޓްކުރަން ރައީސް ވެސް އެއޮތީ ފުޅާކޮށް ޖާގަދީފައެވެ. 

    ]]>
    Tue, 16 Dec 2025 12:00:21 +0500 މުއާޒު
    އެމްއެމްޕީއާރުސީ https://heerasnews.com/3742 https://heerasnews.com/3742 މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބައްލަވާ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތު އޮތް އެތައް ބަޔަކު ކުރިފުޅުމަތީ ބައިތިއްބައިގެން ބޭއްވެވި ހަރުގެ ޖަލްސާއެއްގައެވެ.

    ރައީސް އެހެން ވިދާޅުވުމުން މޫނުގެ ކުލަ ބަދަލުނުވާ އެކަކު އެތާ ނެތެވެ. ވާނީ އެހެންތާއެވެ. އަދުރޭއާއި ފަލާހާއި ޝުޖާއަށް ދާންދެން ތިބީ އެ ބޮޑު ހިޔާނާތުގެ ފަތީލެވި ދޮޅިކެނޑިފައެވެ. ޕީއެންސީ މައި ހަރުގޭގައި ހުންނަވާ ރައީސް އެހެން ވިދާޅުވުމުން ޕީއެންސީގެ މޭގަނޑު ގުޑައިގެން ދިޔައެވެ. އެހެން ވާނެތާއެވެ. ޕީއެންސީގެ އިސް ސަފުގައި އެމްއެމްޕީއާރުސީ ހިޔާނާތުން ބައިނޭޅޭ މީހަކު މަދެވެ. 

    އެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބަލާ ފިޔަވަޅު އަޅުއްވަން ރައީސް މުއިއްޒު ވިދާޅުވި ފަހުން އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ބޮޑު ހިޔާނާތުގެ ތަހުގީގު ކުރާގޮތެއް އޮތް ހިސާބެއް އެނގޭ އާދަމުގެ ދަރިއަކުނެތެވެ.

    އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅޭ ދައުވާތައް ރައީސް ޔާމީނާ ދެކޮޅަށް އުފުލާ ބޮކު ދުވެލީގައި ޝަރީއަތް ހިންގަމުން ދާތީފެނެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު އެތަން މިލިޔަން ރުފިޔާގެ ތެރެއިން އެންމެ ފައިސާ ފޮއްޗެއްހާ ހިސާބުވެސް އަދި ދައުލަތަށް ލިބުނުކަމަކަށް ނުވެއެވެ. އެހެން އެކަން އޮއްވާ ކުއްލިއަކަށް އިވުނީ އެމްއެމްޕީއާރުސީ ހިޔާނަތާއިގުޅޭ ގޮތުން ކުރީގެ ލީގަލް މިނިސްޓަރ އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިޔަ އަޑެވެ.

    މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ އެމްއެމްޕީއާރުސީ ހިޔާނާތް ބަަލާނެކަމަށް ވިދާޅުވި ރައީސް މުއިއްޒަށް އާޒިމާ ޝަކޫރުގެ ޝަރީއަތް ވެސް ހިންގާލަން ކެރިވަޑައެއް ނުގަތެވެ. އާޒިމާގެ ޝަރީއަތް ހިންގުވާލަން ނުކެރުނު ސަރުކާރަކަށް ރައީސް މުއިއްޒުގެ ވަށައިގެން ތިބި އައުވާނުންގެ ތަހުގީގު ހިންގާ އިންސާފުވެރި ޝަރީއަތެއް ހިންގާކަށް ނުކެރޭނެއެވެ. 

    ]]>
    Mon, 15 Dec 2025 18:44:43 +0500 މުއާޒު
    ވަޒީފާގެ ހައްގުގައި ބިދޭސީންނަށް އިހުތިޖާޖް ކުރެވޭނެ! https://heerasnews.com/3741 https://heerasnews.com/3741 ދިވެހިރާއްޖޭގައި ބިދޭސީން މުޒާހަރާކުރުމާއި އެއްވެ އުޅުން މަނާކުރާ ގާނޫނެއް ނެތެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި، ވިސާގެ ގަވާއިދުތަކާއި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު ކޮންމެ ގޮތަކަށް މާނަ ކުރިޔަސް ބިދޭސީން އާންމު ތަންތަނަށް އެއްވެ އިހުތިޖާޖު ކުރުން މަނާކުރާނެ ފުރުސަތެއް ރާއްޖޭގެ އެއްވެސް ގާނޫނަކުން ނުދެއވެ.

    ބިދޭސީން އިހުތިޖާޖު ކުރުން މަނާވާ ގޮތާއި އެކަމުގެ ގާނޫނީ ހުއްޖަތްކަމަށް ބުނާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު (ގާނޫނު ނަންބަރު: 1/2007) ގާނޫނުން ބިދޭސީން އިހުތިޖާޖުކުރުން މަނައެއް ނުކުރެއެވެ. ބިދޭސީން މުޒާހަރާކުރުން މަނާކުރާ އެންމެ މައިގަނޑު ގާނޫނީ އަސާސަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނު ކަމަށް ބުނެ ދައްކާ ހުއްޖަތަކީ ވިސާގެ ޝަރުތެވެ. 

    ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ބިދޭސީއަކަށް ރާއްޖެއަށް ވަދެވޭނީ އަދި ހުރެވޭނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ދޫކުރެވޭ ހުއްދައެއްގެ ދަށުން ކަމަށްވުމަކީ ހައްގަށް ވަކާލާތު ނުކުރެވެންވީ ސަބަބެއް ނޫނެވެ. ބިދޭސީންނަށް ވިސާ ދޫކުރަނީ ވަކިކަމެއް ކުރަން ކަމުގައި ވުމަކީ ވިސާ ދޫކުރި ކަންނޫން އެހެން އެއްވެސް ކަމެއް ނުކުރެވެންވީ ސަބަބެއް ނޫނެވެ.

    ވަޒީފާ އަދާކުރުމަށް ވިސާ ހޯދައިގެން ރާއްޖޭގައި އުޅޭ ބިދޭސީއަކަށް ވަޒީފާ އަދާކުރުން ނޫންކަމެއް ނުކުރެވޭ ކަމަށް ވާނަމަ ވަޒީފާގެ ބޭރުން ކުރަންޖެހޭ ކަމަކަށްވާތީ ފަސްއިރު ނަމާދަށް މިސްކިތައްވެސް އެރިގެން ނުވާނެތާއެވެ. އީދުކުޅިވަރު ކުޅުމަށާއި އީދުނަމާދުގެ ބޮޑުޖަމާއަތް ފަދަ ގިނަ މީހުން އެއްވާ އެއްވުންތަކުގައި ބައިވެރިވެވިގެން ނުވާނެތާއެވެ. 

    މަސްވެރިކަން ކުރުމަށް ނުވަތަ ވަކި ފަރާތެއްގެ މުއައްޒަފެއްގެ ގޮތުގައި ވިސާ ލިބިގެން އުޅޭ ބިދޭސީ މީހާގެ ވަޒީފާއަކީ ވަކިދޯންޏެއްގައި މަހަށް ފުރުމާއި ވަޒީފާ އަދާކުރުމުގެ ގޮތުން މަހަށްދާ ދޯނީގެ ފަރާތުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމެވެ. ވިސާގެ މަގުސަދަށްޓަކައިވެސް ބިދޭސީ މީހާއަށް ވަޒީފާ އަދާކުރާ ދޯނިން ހިންގާ ކޮންމެ ހަރަކާތެއްގައި ބައިވެރިވުން ލާޒިމެވެ. 

    އެހެން ނޫނަސް އަދާކުރާ ވަޒީފާގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކުރުމަކީ ވިސާގެ މަގްސަދާއި ޝަރުތާ ހިލާފުވުމެއް ނޫނެވެ. ބިދޭސީ މަސައްކަތްތެރިން އެ މީހުން އަދާކުރާ ވަޒީފާއާއި ގުޅިގެން ކަށަވަރު ހައްގެއް ހޯދަން ދައުވާ ކުރުމާއި ވަކާލާތުކުރުމާއި މުޒާހަރާ ކުރުމަކީ، އެ މީހުންނަށް ދީފައިވާ "ވޯކް ވިސާ" (މަސައްކަތް ކުރުމުގެ ހުއްދަ) ގެ ޝަރުތުތަކާ ހިލާފު އަމަލެއްވެސް ނޫނެވެ. ހައްގު ހޯދަން އިހުތިޖާޖު ކުރުމަކީ ކޮންމެ މީހަކަށްވެސް އޮތް ހައްގެކެވެ. 

    ]]>
    Mon, 15 Dec 2025 12:53:06 +0500 މުއާޒު
    ލޭނުއެޅުން ހުއްދަނުކުރެވުމުގެ ރުޅި ކަންނެލި މަސްވެރިންނަށް https://heerasnews.com/3740 https://heerasnews.com/3740 ލޭނުއަޅަން ހުއްދަ ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް މުއިއްޒު ވެރިކަމާ ހަވާލުވުމާއެކު ކުރިއެވެ. ލޭނު އަޅައިގެން ނެގެން އޮތް ބޮޑު ފައިދާގެ ވާހަކަވެސް ދެއްކިއެވެ. އުސޫލު އެކުލަވާލާއި ގަވައިދު އާއްމުކުރިއެވެ. އެތައް ޒަމާނެއް ވަންދެން ރާއްޖޭގައި ލޭނއެޅުން މަނާކޮށްފައި އޮތް އޮތުން ބަދަލުކޮށް ލޭނުއަޅަން ހުއްދަދޭން ނިންމާ ހުއްދަދޭނެ ދުވަސް ވެސް އިއުލާނުކުރިއެވެ.

    ލޭނު އެޅުން ހުއްދަކުރުމުގެ މަސައްކަތުގައި އަވަދިނެތި އިސްކޮށް އުޅުއްވީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމްއެވެ. ޝިޔާމް އެހާ ބުރަކޮށް އެ މަސައްކަތް ކުރައްވާ ނިންމެވިތަނާ ލޭނުއަޅަން ހުއްދަ ނުދޭން ރައީސް މުއިއްޒު ނިންމެވި ނިންމެވުން ވެގެންދިޔައީ ޝިޔާމްގެ ކަންކަށިމަތީގައި އަޅާލި ތަފާލަކަށެވެ. ސިވިލް ސޮސައިޓީގެ ކަންބޮޑުވުންތަކާއި ފިއްތުމާހުރެ ލޭނުއަޅަން ހުއްދަ ނުދޭން ރައީސް ނިންމެވި ނިންމެވުން ޝިޔާމަށް ހަޖަމު ކުރެއްވުނު ކަމަކަށް ނުވިއެވެ. 

    ބޮޑުކަންނެލި މަސްވެރިން ބުނާ ގޮތުގައި ކަންނެލި މަސްވެރިންނަށް ސަރުކާރުން ފިއްތާ ފިއްތުމަކީ ލޭނުއަޅަން ހުއްދަ ނުދެވިގެން ފިއްތާ ފިއްތުމެކެވެ. އެކަމާ ވަޒީރު ޝިޔާމް ކަންނެލި މަސްވެރިންދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫންކަމަށް ކަންނެލި މަސްވެރިންގެ ބައެއެް މީހުން ބުނެއެވެ. 

    ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް، ވިދާޅުވާ ގޮތުގައި މިނިސްޓަރ ޝިޔާމް މަސައްކަތް ކުރައްވަނީ ބޮޑު ކަންނެލި މަސްވެރިކަން އެއްކޮށް ހަލާކުކޮށްލުމަށްފަހު ލޭނުގެ މަސްވެރިކަމަށް ފުރުސަތު ދެއްވާށެވެ. ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ރައީސް ބަދަލު ކުރެއްވުމަކީ ބޮޑު ކަންނެލި މަސްވެރިން ދެކެ ރުޅި އަންނަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް ވިދާޅުވިއެވެ.

    ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން ވިދާޅުވާގޮތުގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް ކުރައްވާ މަސައްކަތަކީ ހުރިހާ ކަންނެލި މަސްވެރިކަން ކުރާ ދޯނިތައް ހުއްޓުވާލައިފައި ލޯންގްލޭނަށް ދާން ކުރައްވާ މަސައްކަތެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ލޭނުއެޅުން ހުއްދަ ކުރާނެކަމަށް ބޮޑުކަންނެލި މަސވެރިންނާ ދިމާލަށް މިނިސްޓަރު ވިދާޅުވެފައި އޮތުމުން ބޮޑުކަންނެލި މަސވެރިންކަން ނައްތާލަން ވަޒީރު މަސައްކަތް ކުރައްވާކަމަށް ގަބުލުކުރެވޭތީ ވަޒީރު ޝީޔާމް އިސްތިއުފާ ދެއްވުމަށް ބޮޑުކަންނެލި މަސވެރިން ގޮވާލައެވެ. 

    ]]>
    Sun, 14 Dec 2025 13:13:58 +0500 މުއާޒު
    މޫކޭއަށް: އުޅެވުނީ ވަގުންގެ ނެޓްވޯކެއް ކަމަށް ގަބޫލުކުރީތަ! https://heerasnews.com/3738 https://heerasnews.com/3738 ދުލެއްނެތް މީހަކު ދުލެއްގަނެގެންވެސް އެއްޗެއް ނުބުނާ ވަރެއްނޫނެވެ. މާލޭ މޭޔަރކަމަށް އެމްޑީޕީ ޓިކެޓް އަލީ އާޒިމަށް ހޯދާދޭން މޫކޭމެން ދައްކަވާ ވާހަކައާއި އުޅުއްވާ އައްޗި ގޮތުންނެވެ. 

    މާލޭ މޭޔަރ ކަމަށް އެމްޑީޕީން ޓިކެޓް ދީގެން އާޒިމާ ޝަކޫރާއި ވާދަކުރައްވަން އާދަމް އާޒިމް މޫކޭމެނަށް އޭރު ނިކަން ރަގަޅެވެ. ކަމިޔާބު ސިޓިންގ މޭޔަރަށް ފުރިހަމަ ދައުރެއް ހޯދާދޭކަށް ހަޖަމެއް ނުވިއެވެ. އެމްޑީޕީގެ ޓިކެޓްގައި މޭޔަރުކަމަށް ނެރެން މޫކޭމެނަށް މިހާރު ކަމުދާކަމަށް މިވަނީ ބައި އިލެކްޝަނެއްގައި ހުދުމުހުތާރު ވެރިޔަކާ ދެކޮޅަށް އެމްޑީޕީ ޓިކެޓްގައި ނިކުންނަވާ މޭޔަރުކަން އާދަމް އާޒިމް ކާމިޔާބު ކުރެއްވިއިރު އެމްޑީޕީން ނޫންގޮތެއް ހޯއްދަވާ ރޫޅާލަން ނިކުންނަވާ ހުންނެވި އަލީ އާޒިމްއެވެ. 

    ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ހޮވުނު މާލެ ސިޓީ ކައުންސިލަރުން ސަރުކާރު ހިންގާ ޕާޓީ އާއި ގުޅި ހިހޫތަނުން ކާން ފެށިޔަސް މޭޔަރ އާދަމް އާޒިމް ހުންނެވީ އެމްޑިޕީގައެވެ. އޮތް ފަސޭހައަށް ދިލާނުލައްވައެވެ. މާލެ ސިޓީ ދުށް އެއްވެސް މޭޔަރަކު ނުކުރައްވާހާ މަސައްކަތް އާދަމް އާޒިމު ވަނީ މޭޔަރުކަމުގައި ކުރައްވާފައެވެ. 

    މުއިއްޒު ދިޔަ މަގުންދާ މީހެއްގެ ގޮތުގައި މޫކޭމެން ކިތަންމެ ވަރަކަށް އާދަމް އާޒިމް ސިފަކޮށްގެން އަލީ އާޒިމަށް ޓިކެޓް ހޯދައިދޭން ދެބޯގެރި ދުއްވިޔަސް މީހުން ހައިރާނެއް ނުވެއެވެ. ރައީސް ސޯލިހު ސަރުކާރުން ކުރި އެންމެ ކާމިޔާބު ބޮޑެތި މަސައްކަތްކޮށް އެމްޑިޕީއަށް ރީތިނަން ހޯދާދިން ކުޅަދާނަ އެމްޑީގެ ގޮތުގައި އާދަމް އާޒިމް ނުވެއެއް ނުދާނެއެވެ. 

    އެޢައި ހިލާފަށް މުކޭގެ އިސްތަށިފުޅުގައި ތިޖޫރީ ވަގުގެ ހުތުރު ތުހުމަތު އަޅުވާ މޫކޭގެ ނަން ހަރާބު ކޮށްލުމުގައި އިސްވެ އުޅުނު އެކަކަށް އަލީ އާޒިމް ނުވެއެއް ނުދާނެއެވެ. ކިތަންމެ ހަންބޯކަމަށް ހެދިގެން އުޅުއްވިޔަސް އެމްޑީޕީގެ އޭރުގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލަށް ދާ ޖިންސާއި ބްރޯގެ ނަމުން ނަން ދީގެން އަލީ އާޒިމުމެން ނޫޅޭ ކަމަކަށްވެސް ނުވާނެއެވެ. އޮނަރަބަލް މާރިޔާ ދީދީގެ އިސްތަށިފުޅުގައި ބޮން ގޮއްވުމުގެ ބައިވެރިއެއް ކަމުގެ ތުހުމަތު ރޫލާލާ ޓީމުން ނާޅުވާ ކަމަކަށްވެސް ނުވާނެއެވެ. ޖުމްލަކޮށް މުޅި އެމްޑީޕީއަކީ ވަގުންގެ ނެޓްވޯކެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައިގެން މުޅި އެމްޑީޕީގެ ނަމަށް ހުތުރު އެރުވި މީހުންގެ އިސް ސަފުގައި އަލީ އާޒިމް ނޫޅޭ ކަމަކަށްވެސް ނުހެދޭނެއެވެ. 

    އެމްޑީޕީ ރޫޅާލަން ނިކުމެ ގަސްދުގައި ރާވައިގެން އެމްޑީޕީއާއި ދެކޮޅަށް ހިންގި ނުބައި ނުލަފާ ކަންތައްތަކަށް އާއްމު މައާފަކުން މާފަށް ނުއެދި ތިބި ބަޔަކާ ގުޅިގެން އެމްޑީޕީއަށް ބާރު ހޯދަދޭން މޫކޭމެނެއް ކަމަކު އުޅޭނެކަމެއް ނެތެވެ. އާއްމު މާފަކުން މާފަށް ނުއެދި ތިއްބާ ރޫޅާލާ ޓީމު އަތުގައި ހިފައިގެން އެމީހުނަށް ބާރު ހޯދާދޭން ފައްޔާޒާއި މާރިޔާ އާއި މޫކޭމެން ނިކުތުމަކީ ރޫޅާލާ މީހުން އެމްޑީޕީ ސަރުކާރާއި މުޅި އެމްޑީޕީ ދެކޮޅަށް ދެއްކިހާ ވާހަކައަކީ ހައްގު ތެދުކަމުގެ ސިއްކަޖަހާ ދިނުން ނޫން ދެވަނަ ކަމެއްނޫނެވެ.   

    ]]>
    Sat, 13 Dec 2025 17:17:22 +0500 މުއާޒު
    ފުލުހުންގެ އިހުމާލުން އިންސާފު ނުލިބޭ އެތައް މަރެއް! https://heerasnews.com/3737 https://heerasnews.com/3737 ޑރ. އަފްރާޝީމް އަވަހާރަކޮށްލި ފަހުން 13 އަހަރު ވެއްޖެއެވެ. ހަގީގަތް ހޯދަން ނުފޮރޮޅާ ގަލެއްނެތެވެ. ހޯދުނު ހަގީގަތެއްނެތެވެ. ހޯދުނު އިންސާފެއް ނެތެވެ.

    ރިލުވާން ގެއްލުނު ފަހުން 11 އަހަރު ވެއްޖެއެވެ. ވީކިހިނެތް ކަމެއް ގެއްލުނު ސަބަބެއް ނުހޯދުނެވެ. ގަބޫލުކުރެވޭ ވަރުގެ ތަހުގީގެއްކުރެވި ރިލުވާނުގެ އާއިލާއަށް އިންސާފެއް ހޯދައެއް ނުދެވެއެވެ. 

    ބްލޮގަރ ޔާމީނު ރަޝީދު މަރާލިތާވެސް 8 އަހަރު ވެއްޖެއެވެ. ނަމަކަށް ކަމެއްކޮށް މަރުގެ ހަގީގަތް ފޮރުވައި ނިމިއްޖެއެވެ. އިންސާފު ލިބުނު ކަމުގެ އިހުސާސް އާއިލާއަށް ކޮށެއް ނުދެވުނެވެ. 

    ރައުދާގެ މަރުގެ ހަގީގަތެއް ނުހޯދުނެވެ. ރައުދާގެ މަރާގުޅިގެން ރައުދާގެ ބައްޕަ ކުރާތުހުމަތު ތަކުގެ ހަގީގަތް ހޯދަން ކުޑަވެސް ސަމާލުކަމެއްނުދީ ތިބީ ލޯމަރައިގެންނެވެ.  

    ލައިޓް ސިގްނަލް ކޮޓަރިއެއްގެ ތެޜޭގައި މަރުވެފާތިބި ދެމަފިރިންގެ މަރުގެ ހަގީގަތް ނުބަލާ ލޯބިންގުޅޭ ދެހިތެއް ސަފުން ވަކިނުވާނެޔޭ ކިޔާ ވަޅުލާ ނިންމާލީއެވެ. 

    ދަތުރު ގޮސް އުލެނިކޮށް ގެއްލުނު ތަސްލީމު މުހައްމަދަށް ވީނުވީއެއް ނޭނގި އަހަރުވެގެން ދިޔައީއެވެ. ހޯދުނު ހަގީގަތެއް ލިބުނު އިންސާފެއް އަދިނެތެވެ. 

    ބެލްކަނިން ވެއްޓި މަރުވުމުން އަވަސް އަރުވާލައިގެން މެންދަމު ވަޅުލި ދޮން ދަރިއެއްގެ މަރުގެ ތަހުގީގު ބޯމަތިން ދިޔަގޮތް ނުދަންނަ މީހަކު ނެތެވެ. 

    ބަންޑުންޖަހާލި ޑިންގީއެއްގައި ހުރި މިރުސްތަށި ހުރިގޮތަށް ހުއްޓާ އެޑިންގީގައި ހުރި ފުލުސްމީހާ ކަނޑަށް ވެއްޓި ގެއްލުން ކަހަލަ ކިތަންމެ މައްސަލައެކެވެ. ނިދަންވަނތް ގޮތަށް ނުނިކުމެ އޮއްވާ މަރުވި ސިފައިންގެ އޮފިސަރ އަހުމަދު އާތިފުގެ މަރު ފަދަ ކުއްލި މަރުތަކުގެ ހަގީގަތް ހޯދުމެއް ނެތި މަރުވީމާ މަރުވީކަމަށް ނިންމާލާ ފައިލްކޮށްލާފާ ހުރީ މަދަބައިވަރެއް ނޫނެވެ. 

    ހުރުމަތްތެރި ވެގެންވާ ފުރާނައާއި ގުޅުންހުރި އެކިވަރުގެ މިކަހަލަ އެތައް މައްސަލައެއްގެ އިންސާފު ހޯދާނުދީ އޮއްބާލައިގެން ތިބެ ވާޖިބަށް ހުރަސްއަޅާ ވާހަކަ ފުލުހުން ނުދައްކާށެވެ. މުދަލާއި ފައިސާއާއި އަނިޔާއާއި މައްސަލަތަކުގެ އިންސާފުގެ ވާހަކަ އަދި އޮތީއެވެ. މާތްކަލާނގެ ރަސްކަންފުޅު ގަންދީ ހުވާކޮށްގެން ފުލުހުންގެ ޔުނީފޯމްގައި ތިބެ ފުލުހުން ހިންގާ ޖަރީމާތަކާއި ސިޔާސީ ނުފޫޒުގައި ފުލުހުންގެ ހުރުމަތް އަމިއްލައަށް ކަނޑާލާ ގޮތުގެ ވާހަކަވެސް އަދި އޮތީއެވެ. ރައްޔިތުންނަށް ގެއްލިފައިވާ އިތުބާރު ނުހޯދާ މުޒާހަރާ ރޫޅުމާއި ފޯނުކޯލް އަޑުއެހުމާއި ޓޯކުރުން ނޫނީ ފުލުހުންނަށް ވާޖިބެއް ނޯންނަނީ ތާއެވެ. 

    ]]>
    Sat, 13 Dec 2025 11:25:14 +0500 މުއާޒު
    މުއިއްޒުވީ ވައުދު ނުފުއްދަން މަސްވެރިންނާއި މަސްދޯނިތައް ނައްތާލަނީ؟؟ https://heerasnews.com/3736 https://heerasnews.com/3736 އިހުތިޖާޖު ކުރުމުގެ ހައްގަކީ ބޮޑެތި އަނިޔާ ތަހައްމަލުކޮށްގެން އެމްޑީޕީން ރައްޔިތުނަށް ހޯދާދީ ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެކެވެ. ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގު ހަނިކޮށް އިހުތިޖާޖުކުރުން ހުއްޓުވާތަން ބަލާކަށް އެމްޑީޕީއެއް ނުއޮންނާނެއެވެ. 

    ދިވެހިންނަށް އެމްޑީޕީން ހޯދަދިން އިހްތިޖާޖު ކުރުމުގެ ހައްގަށް އަރައިގަތުމަކީ ޑިމޮކްރެޓިކް ނިޒާމަށް ރައީސް މުއިއްޒު ކުފޫހަމަނުވާ ކަމުގެ ދަލީލެކެވެ. ދިވެހީންގެރާއްޖޭގައި ރައީސް މުއިއްޒަށް ދިވެހި މަސްވެރީންގެ އަޑުއެހުމުގެ ގާބިލުކަން ނެތްނަމަ ހޮޅި ވައުދުވެ ހޮޅިހޮއްލަން ނުހަދާށެވެ.

    އިހުތިޖާޖު ކުރާ މަސްއޮޑި ފަހަރުގައި ބޭރުމީހުން ތިބިކަމަށްބުނެ މަސްއޮޑި ފަހަރު ރަހީނުކޮށް ހެދިއިރު މަސްވެރިކަމުގެ މަސައްކަތުގައި ބޭރުމީހުން އުޅުމަށް މަނާކުރާ ގާނޫނެއް ނެތެވެ. މަސްވެރިން ކުރާ އިހުތިޖާޖެއްގައި ބޭރު މީހުނަށް ބައިވެރިވުން މަނާކުރާ ހަމައެއްވެސް ނެތެވެ. 

    އަނިޔާވެރިކަމާއެކު އިހުތިޖާޖް ރޫޅާލަން ކަން ކުރެވުނުގޮތް ހަލާލުކުރަން ޢާއްމު އުދަގުލޭ ބޭރު މީހުންނޭ ކިޔާނެކަމެއް ނެތެވެ. ބޮޑު ކަންނެލި މަސްވެރިން ބާނާހާ މަހެއް ކިލޯއެއް 80ރ އަށް ވުރެ ދަށްނޫން އަގެއްގައި ގަންނާނެކަމަށް މުއިއްޒު ވައުދުވީ ކާކު ބުނެގެން ހެއްޔެވެ. ވެރިކަމަށް އަންނަ މަސްވެރިންނަށް ހޮޅިވައުދު ވެގެން ވެރިކަން ހޯދާ ދެ އަހަރުވެގެން ދިޔައިރުވެސް ވައުދު ނުފުއްދީމާ މަސްވެރިންގެ ރުޅިމަޑެވެ. 

    މަސްވެރިކަން އިނދަޖައްސާލާ ހައްގުތައް ގެއްލުވާލާފައި އޮތްކަމަށް ގޮވަމުން ވެރިކަމަށް އައިސް ދެ އަހަރު ނުވަނީސް މުޅި މަސްވެރިކަމުގެ ސިނާއަތް ފުނޑުފުނޑު ކޮށްލައިފިއެވެ. ޑައިވަރަކަށް މަސްވެރިކަމާބެހޭ ވަޒީރުކަން ދިނުމުން އެ ވަޒީރު، ދެ އަހަރުވީ އިރުވެސް އުޅެނީ އަޑީގައެވެ. މަސްވެރިކަމުގެ ސިނާއަތަށް އެއްވެސް ހެޔޮބަދަލެއް ނައިތާ އިތުރަށް ދިޔައީ ގޯހުން ގޯހަށެވެ. 

    އިހުތިޖާޖްކުރާ މީހުން ހުއްޓުވަން ފުލުހުން ފޮނުވައިގެން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އިހުތިޖާޖު ރޫޅާލުމަކުން ވައުދު ފުއްދުނު ކަމަކަށް ނުވާނެއެވެ. ރަށްރަށުގައި ތިބިހާ ބަޔަކަށް ސަރުކާރުން ވަޒީފާދީގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފުޑާލަން މަސައްކަތް ކުރަމުން މިހާރު އެދިމާކުރީ ދޯނި ފަހަރު މަހަށް ފުރުވުން ހުއްޓުވާން ދޯނިފަހަރާއެވެ. މަހަށްދާނެ މަސްވެރިއެއް މަސްވެރިކަން ކުރާ ދޯންޏެއް ނެތި ފުއްދާނެ ވައުދެއް ނޯންނާނެތާއެވެ. 

    ]]>
    Fri, 12 Dec 2025 13:48:23 +0500 މުއާޒު
    ފުލުހުންގެ ވާޖިބު އޮންނަނީ މުޒާހަރާ ރޫޅުމާއި ޓޯކުރަން https://heerasnews.com/3735 https://heerasnews.com/3735 މުއިއްޒުގެ ވެރިކަމުގައި މީހުންގެ މުދަލަށް އަރައިގަތުމަކަށް ކޯޓް އަމުރެއް ބޭނުމެއް ނުވެއެވެ. މުއިއްޒުގެ ހުދުމުހުތާރު ގޮށްމުށުގެ ބާރު ރައްޔިތުންގެ މައްޗަށް ފޯރުވުމުގައި ފުލުހުން ލަދެއް ހަޔާތެއް ނުހުރެއެވެ.

    ގާނޫނު އަސާސީ ކަށަވަރުކޮށްދޭ އިހުތިޖާޖް ކުރުމުގެ ހައްގުގެ ބޭނުން ރައްޔިތުން ހިފުމަކީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ކަމަށް ވަނީ ހަދާފައެވެ. ފުލުހުންނަކީ ބެލުމުގެ ދަށަށް ގެންގޮސްފައި ހުންނަ އެތައް ހާސް ޑޮލަރާއި ސިގިރޭޓް ކާޓޫނުތައް ގެއްލޭ އިރު ނޭނގޭ ބައެކެވެ.

    ބޮޑެތި ބިޔަ ޖަރިމާ ހިންގުމުގައި ބައިވެރި ވުމުގެ ރެކޯޑް އޮތް ބައެކެވެ. އެކަންކަމުގައި ވާޖިބެއް ޒިންމާއެއް ނޯވެއެވެ. ފުލުހުންގެ ވާޖިބު އޮންނަނީ މުޒާހަރާ ރޫޅާލާށާއި ދުއްވާ އެއްޗެތި ޓޯކޮށް ރައްޔިތުންނަށް އަނިޔާވެރި ވާންވީމައެވެ.

    މީހުންގެ އަގުބޮޑު ކާރުތައް ޓޯކޮށް ވުޖޫދުން ފުހެލަންވީމާ ފުލުހުންގެ ވާޖިބު ކެކިއަރައެވެ. މުޒާހަރާ ކުރަން ބަޔަކު ނިކުމެއްޖެއްޔާ ގުންފައި ޖަހައިގަންނައިރު އެވަރު ބަޔަކު ނެތޭހީވެއެވެ. 

    މަސްވެރިންގެ މުޒާހަރާ ރޫޅާލަން ދޯނި ފަހަރަށް އަރާ ތިން ދޯނި ބެލުމުގެ ދަށަށް ގެންދަން ވީމާ ކޯޓް އަމުރަކަށް ބޭނުމެއް ނުވެއެވެ. ގަވައިދުން ޓެކްސް ދައްކައިގެން މީހުން އެތެރެކޮށްފާ ހުންނަ އަގުބޮޑު  ވެހިކަލް ވުޖޫދުން ފުހެލަން ވީމާ ފުލުހުންނަށް ކޯޓް އަމުރެއް ބޭނުމެއް ނުވެއެވެ. ވާޖިބުތަޢް އޮންނަނީ ދަވަލާ ފައިބާފައެވެ.

    ]]>
    Thu, 11 Dec 2025 15:17:30 +0500 މުއާޒު
    ޑިޖިޓަލް ވައިލެންސްއަކީ ހަގީގީ އަނިޔާއެއް: ރައީސް ސޯލިހު https://heerasnews.com/3734 https://heerasnews.com/3734 ޑިޖިޓަލް ވައިލޭޝަންއަކީ ވެސް ހަގީގީ އަނިޔާއެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއެވެ. މިފަދަ ކުޑަ މުޖުތަމައެއްގައިވެސް މިއީ ވަރަށް އާންމު ކަމެއްކަން ހިތާމަޔާއެކު ރައީސް ސޯލިހު ފާހަގަ ކުރައްވައެވެ. 

    ރާއްޖޭގެ އަންހެނުންނާއި ކުޑަކުދިން ހިމާޔަތްކުރުމަށް އަޅުގަނޑުމެން ދިވެހީން ކަނޑައެޅި އަޒުމް ވަރުގަދަ ކުރަންޖެހޭކަމަށް ރައީސް ސޯލިހު ވިދާޅުވެއެވެ. އަދި މިފަދަ ކަންކަމަށް ޖަވާބުދާރީ ކުރުވުމަށް ގޮވާލަންޖެހޭކަން ރައީސް ސޯލިހު ފާހަގަކުރައްވައެވެ.

    އަންހެނުންނާއި ކުޑަކުދިނަށް ބިރުވެރިކަމެއްނެތް އަނިޔާވެރިކަމުން އެއްކިބާވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން ވެފައިވާ ވައުދު ތަކުރާރު ކުރައްވާކަމަށް ކުރީގެ ރައީސް އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވެއެވެ.

    ރައީސް ސޯލިހު ވިދާޅުވަނީ "ޖެންޑަރ ބެސްޑް ވައިލެންސްއާ ދެކޮޅަށް މިއަހަރު ހިންގި 16 ދުވަހުގެ ކެމްޕޭން ނިމުމަކަށް އަންނައިރު، އަންހެނުންނާއި ކުޑަކުދިނަށް ބިރުވެރިކަމެއްނެތް އަނިޔާވެރިކަމުން އެއްކިބާވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމަށް އަޅުގަނޑުމެން އަލުން އަޅުގަނޑުމެންގެ ވަޢުދު ތަކުރާރު ކުރަން" ކަމަށެވެ.

    ރައީސް ސޯލިހު އެހެންް ވިދާޅުވެފައިވަނީ ޖެންޑަރ ބެސްޑް ވައިލެންސްއާ ދެކޮޅަށް މިއަހަރު ހިންގި 16 ދުވަހުގެ ކެމްޕޭން ނިމުމަކަށް އަންނަ ދަނޑިވަޅާ ދިމާކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

                        

    ]]>
    Thu, 11 Dec 2025 12:18:52 +0500 މުއާޒު
    ގާނޫނު ތަންފީޒު ކުރާނަމުގައ ޓޯކުރުމަކީ ދޭ އަނިޔާއެއް https://heerasnews.com/3733 https://heerasnews.com/3733 މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުނީ އިއްޔެއަކު މިއަދަކު ނޫނެވެ. މަގުތަކުގެ ތޮއްޖެހުން ހައްލުކުރަން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް ގާނޫނު ތަންފީޒުކުރުމުގެ ނަމުގައި މީސްމީހުންގެ އަގުބޮޑު މުދަލަށް ގެއްލުން ދިނުމަކީ ސަރުކާރަށްވިޔަސް ކުރެވިގެންވާނެ ކަމެއްނުނެވެ. މީހުންގެ މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެކެވެ.

    މާލެ ސަރަހައްދަށް އެތެރެކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދު ފަހަރަކީ އެއިރަކު އޮންނަ އުސޫލެއްގެ ތެރެއިން އެތެރެކޮށްފައިވާ ތަކެއްޗެވެ. ދައްކަންޖެހޭ އިމްޕޯޓް ޑިއުޓީއާއި ޓެކްސް ދައްކައިގެން އެތެރެކޮށް ރަޖިސްޓްރީކޮށް ފީދައްކައިގެން ގެންގުޅޭ ތަކެއްޗެވެ.

    ރަޖިސްޓްރީ ޒޯނު ނޫން ޒޯނެއްގައި އޮންނަ އުޅަދު ރަޖިސްޓްރީ އޮތް ޒޯނަށް ގެންދަން އަންގާ، ވަގުތުދީ ކުރަންޖެހޭ ޖުރުމަނާއެއް ކުރަމުން ދާންވީއެވެ. ގާނޫނާ ހިލާފަށް ގެންގުޅޭ އުލަނދު ފަހަރު ގާނޫނުގެ ތެރެއަށް ވެއްދުމަށް އެކަށީގެންވަ ވަގުތު ކޮންމެ އުޅަނދަކަށް ވެސް ދޭންޖެހޭނެވެ. ގާނޫނާ ހިލާފަށް އެތެރެކޮށްގެން ދުއްވަނީ މާގިނަ އުޅަދެއް ނޫނެވެ

    ގާނޫނީ އިމުގެތެރެއަށް ވެހިކަލްތައް ވެއްދުމަށް ކޮންމެ އުޅަދެއްގެ ވެރިއަކަށް ވަކިވަކިން އަންގަން ޖެހޭނެއެވެ. ކުރަންޖެހޭ ޖުރުމަނާތައް ކުރަންޖެހޭނެއެވެ.

    ވެރިފަރާތަށް އެނގުމަކާނުލާ އެއްވެސް އުޅަނދެއް ޓޯކުރެވިގެން ނުވާނެއެވެ. އަމްދުން ޓޯކުރުމުގައި ލިބޭ ގެއްލުމަކަށް ޒިންމާވާން ސަރުކާރުން ނުޖެހޭނެކަމަށް ބުނެފައި މީހުންގެ އަގުބޮޑު މުދަލަށް ސަރުކާރެއް ކަމަކު އަރައެއް ނުގަނެވޭނެއެވެ.

    އެއްގަމު އުޅަދުވިޔަސް އެއީ މީހުންގެ އަގުބޮޑު މުދަލެވެ. ހަމަތިބެފައި ނިކުމެ ވާގެއްލުމަކަށް ބެލުމެއްނެތި ގާނޫނު ތަންފީޒު ކުރާނަމުގައި އެއްވާނަކަށް މީހުންގެ އެކިވަރުގެ އުޅަނދުތައް ޓޯކުރުން ހުއްޓާލަން ޖެހެއެވެ. ކޮންމެ އުޅަނދަކަށް ވަކި ކޯޓު އަމުރެއް ނެތި ޓޯކޮށްގެން ލިބޭ ގެއްލުމަށް އަދުލުޥެރި ބަދަލު ދޭންޖެހޭނެއެވެ.

    ]]>
    Wed, 10 Dec 2025 08:06:22 +0500 މުއާޒު
    ފަޒްލާ ދެކޮޅަށް އައްބާސް ޝަރީފަށް ދައުވާއެއް ނުކުރެވޭނެ! https://heerasnews.com/3732 https://heerasnews.com/3732 ރައީސް މުއިއްޒުގެ މިނިސްޓަރ ފެންވަރުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރކަން ކުރި ފަޒުލު ރަޝީދު އާރާއި ބާރުގައި ހުރެގެން އުސޫލުން ބޭރުން އެތައް ބޮޑެތި ކޮރަޕްޝަން ހިންގައިގެން މަތިހަށި ނަގާފައި ފުލުހުން އެޗްޑީސީއަށް ވަނެވެ. ބިޔަ ބޮޑު ތަހުގީގެއް ހިންގިއެވެ. ފަޒްލާއި އެޗްޑީސީ އިދާރީ އިސްވެރިންގެ ބަޔަކާއި ބޯޑްގެ ހުރިހާ މެންބަރުންހެން އެކުގައި ސަސްޕެންޑް ކުރިއެވެ. ޕާސްޕޯޓް ހިފެހެއްޓިއެވެ. އެންމެ ފަހުން ފަޒުލު މަގާމުން ވަކިވެސް ކުރިއެވެ.

    ތަހުގީގު ހިނގަހިނގާ އޮއްވާ އެޗްޑީސީބން ކޮމްޕިއުޓަރ ސިސްޓަމްތަކެއް ވަގަށް ނެގިއެވެ. ފޯޖު ލިޔުންތައް އުފެއްދުމާއި ލިޔެކިޔުންތައް ނައްތާލުމުގެ ތުހުމަތު ކުރެވުނެވެ. ފަޒުލްގެ އަމިއްލަ އަނބި މީހާއާއި ގާތް އެތައް ބަޔަކަށް ހުޅުމާލޭން ބިންތައް ބަހާލިކަމަށްވިއެވެ. ޕާޓީގެ ނުފޫޒުގަދަ މެންބަރުން ތަކަކަށް ނުއަގުގައި ހުޅުމާލޭން ބިންހޯދާ ދިންކަމުގެ ބޮޑެތި ތުހުމަތުތައް ކުރެވުނެވެ.   

    އެހެންނަމަވެސް ފަޒުލާ ދެކޮޅަށް ދައުވާކޮށްލެވޭ ވަރުގެ ހެއްކެއް ގަރީނާއެއް ދައުލަތަށް ލިބުނު ކަމަކަށް ޕީޖީ އައްބާސް ޝަރީފަކަށް ނުވިއެވެ. ރައީސް މުއިއްޒު ރައީސް އޮފީހުން ދިން ސިޔާސީ އިސް މަގާމަކުން ޕީޖީކަމަށްގެނައި އައްބާސް ޝަރީފަށް ފަޒުލާ ދެކޮޅަށް ދައުވާ ކުރަން ހެއްކެއް ގަރީނާއެއް ނުފެނުމަކުން ހައިރާނެއް ނުވެއެވެ. އަނބިމީހާ ބެންކޮކް އެންބަސީގައި މަތީފެންވަރުގެ ސިޔާސީ މަގާމެއްގައި ބަހައްޓައިގެން މުއިއްޒު ސަރުކާރުން މުޅި އާއިލާއަށް ހަރަދުކުރާ އައްބާސް ޝަރީފް ޕްރޮސިކިއުޓަރ ޖެނެރަލަށް ހުރެގެން ފަޒްލާ ދެކޮޅަށް ދައުވާކުރަން ހެއްކެއް ގަރީނާއެއް ނުފެންނާނެކަަން އެނގެއެވެ. 

    އެޗްޑީސީގެ ތެރޭގައި ފަޒްލު ހިންގި ޖަރީމާއެއް ވިއްޔާ ހިންގައިދިނީ މަތިން މުއިއްޒު އަންގައިގެން މުއިއްޒު ބޭނުންވި ގޮތަށްކަމަށް މީހުން ކިޔާއުޅެއެވެ. ފަޒުލު ހިނގި ޖަރީމާތަކުގެ ހުރިހާ މަންފާއެއް ލިބުނީ މައްޗަށް ކަމަށްވެސް މީހުން ކިޔައެވެ. އެހެން ވިއްޔާ މަތިން ބޭނުންވާ މަންފާ ހޯދަން ގުރުބާން ކުރަން ނެރޭ ކަންބަޅިތައް ސަލާމަތް ނުކޮށް އައްބާހަކަށް ނުހުރެވޭނެއެވެ. 

    ފުހުންނާއި އޭސީސީއާއި އޮޑިޓަރ ޖެނެރަކާއި ޕްރޮސިކިއުޓަރ ޖެނެރަލުގެ މަސައްކަތަކީ މަތިން އަންގައިގެން ހިންގާ ޖަރީމާތަކުގެ މަތި އަޅާދީ ފަސްއަޅާ ފޮރުވާ ދިނުމެވެ. ދުވަހެއްގެ ކޮޅުންވެސް އެއިން މައްސަލައެއް ބަލާ ފިޔަވަޅެއް ނުއެޅޭ ވަރަށް ހެއްކާ ގަރީނާ ނައްތާލަ ދިނުމެވެ. މިނިސްޓަރ ފެންވަރުގައި އެޗްޑީސީގެ އެމްޑީކަން ކުރި ފަޒުލު ކަހަލަ އެޖެންޓުން ބޯކިރު ފޮދެއްހާ ތޯހިރުކޮށް ދިނުމެވެ.

    ]]>
    Tue, 09 Dec 2025 10:32:21 +0500 މުއާޒު
    ދޯހާ ޑިކްލެރޭޝަން ފާސް ކުރެވުނުކަމީ ލިބުނު ޝަރަފެއް: ޝާހިދު https://heerasnews.com/3731 https://heerasnews.com/3731 ދޯހާގައި ބޭއްވުނު އ.ދ.ގެ އާންމު މަޖިލީހުގެ ރައީސުންގެ ބައްދަލުވުމުގައި، އެހެނިހެން ރައީސުންނާ އެކު ބައިވެރިވެ، ދޯހާ ޑިކްލެރޭޝަން ފާސް ކުރެވުނުކަމީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށް އ.ދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. މަލްޓިލެޓަރަލިޒަމްގެ މައްސަލަތައް އިތުރުވެ، އެކަމުގެ ސަބަބުން އ.ދ.ގެ ދައުރު މަސްރަހުން ބޭރުވަމުންދާތީ، ވަރަށް ބޮޑު ކަންބޮޑުވުމެއް ދޯހާ ފޯރަމުގައި ފާޅުކުރެއްވި ކަމަށްވެސް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.

    އ.ދ.އަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ކުރިންވެސް ގޮވާލާފައިވާ ގޮވާލުން ދޯހާފޯރަމްގައި އޮނަރަބަލް ޝާހިދު އަލުން ތަކުރާރުކުރެއްވިއެވެ. ކުރިއަށް އޮތް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ހޮވުމުގައި، ހާމަކަންބޮޑު، ޑިމޮކްރެޓިކް އަދި އެންމެން ބައިވެރިވާނެ ގޮތެއް ބޭނުންވާކަންވެސް އޮނަރަބަލް ޝާހިދުމެން ފާހަގަކުރެއްވިއެވެ.

    މަޝްވަރާތަކާއި އެއްބާރުލުން އިތުރަށް ހަރުދަނާ ކުރުމުގެ އަޒުމާއެކު، ލީޑަރުންނާއި، ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނޭނގޭ ހާލަތެއްގައި، ދޯހާ ފޯރަމްގެ ބައިވެރިންނާ ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުއްލާ ޝާހިދު ބައިވެރިވެ ވަޑައިގެން މެންބަރު ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ސިވިލް ސޮސައިޓީގެ އުންމީދުތަކާ އެއްގޮތްވާ ގޮތުގެ މަތިން މިކަން ކުރިއަށް ގެންދަން ޖެހޭނެކަމަށްވެސް ބަޔާންކުރެއްވިއެވެ.

    ދޯހާ ފޯރަމްގައި މަޝްވަރާތައް ކުރެވުނީ މައިގަނޑު މައުލޫއަކަށް "އަމަލީގޮތުން އަދުލުވެރިކަން: ވައުދުތަކުން ކުރިއެރުމަށް" އަމާޒު ހިފައިގެންނެވެ. ދޯހާފޯރަމްގެ މަޝްވަރާތަކުން، އުސޫލުތަކަށް ބިނާވެފައިވާ ސިޔާސީ ގުޅުންތަކުގެ މުހިންމުކަމާއި، ހުރިހާ ފަރާތްތަކެއް ހިމެނޭ ބައިނަލްއަގްވާމީ އަސަރުގަދަ ގުޅުންތައް ބޭނުންވާކަން އަލުން ކަށަވަރުކޮށްދިނެވެ.

    ދޯހާފޯރަމްގެ ފުރުސަތު ފަހިކޮށްދިނުމުގައި ގަތަރު ސަރުކާރުން ދެއްވި ހޫނު މެހެމާންދާރީއާއި، ދުނިޔޭގެ މުޖުތަމައަށް ދެމުންގެންދާ ބޮޑު އެއްބާރުލުމަށް އޮނަރަބަލަް އަބްދުއްލާ ޝާހިދު ޝުކުރު ދެންނެވިއެވެ.

    ]]>
    Mon, 08 Dec 2025 10:09:20 +0500 މުއާޒު
    ރޫޅާލަން ނިކުތް މީހުނަށް ބާރުދޭން އުޅޭނެކަމެއްނެތް https://heerasnews.com/3728 https://heerasnews.com/3728 ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ މާލެ ސިޓީ މޭޔަރގެ ޒިންމާއެއް ނޫނެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާނީ ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ޕާޓީތަކާއި ނޫސްވެރިންނެވެ. މާލެ ސިޓީގެ މޭޔަރގެ ޒިންމާއަކީ މާލެ ސިޓީގެ މުނިސިޕަލް ހިދުމަތްތައް ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމެވެ. މާލެ ސިޓީއަކީ ރައްކާތެރި އަމާން ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަސައްކަތް ކުރުމެވެ. 

    މާލެ ސިޓީ ތަޖުރިބާކުރި ހުރިހާ މޭޔަރުންގެ ތެރެއިން މާލެއަށް އެންމެ ބޮޑު ހެޔޮ ބަދަލެއް ކުރު މުއްދަތެއްގެ ތެރޭގައި ގެނުވި މޭޔަރަކީ އާދަމް އާޒިމެވެ. ސަރުކާރާ ވާދަވެރި ފަޅީގައި ހުންނަވައިގެންވެސް އާދަމް އާޒިމު ވަނީ ކާމިޔާބު ކުރިއެރުން ތަކެއް ހޯއްދަވާފައެވެ. 

    އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ރައްޔިތުންގެ މަޖިލީހުގެ އަށެއްކަ މެންބަރުން ގޮވައިގެން އެމްޑީޕީ ރޫޅާލަން ޕާޓީން ނިކުމެ، އެމްޑީޕީއަށް ވެރިކަން ގެއްލުވާލާފައި އޮއްވާ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ 13 މީހުން ޕީއެންސިއަށް ވިކި އެމްޑީޕީ އެންމެ ބަލިކަށިވީ ދުވަހު، ރައީސް މުއިއްޒު ކޮށިއަރުވާލީ އާދަމް އާޒިމެވެ. އެމްޑީޕީގެ ޓިކެޓްގައި ނިކުމެ ހުދުމުހުތާރު ސަރުކާރާއި ރޫޅާލަން ނިކުތް މީހުންނާ ދެކޮޅަށް މާލޭ މޭޔަރކަން އެމްޑީޕީއަށް ހޯދާދީގެންނެވެ.

    އެހެނެއް ކަމަކު ވާދަވެރި ބޮޑު ޕާޓީގެ އެންމެ އިސްސަފުގައި އިސްވެ ހުންނެވި ބޭފުޅަކަށް ދުވަހުން ދުވަހަށް މުއިއްޒު ސަރުކާރު ކޮށިއަރުވާނުލެވުމަކީ މޭޔަރ އާދަމް އާޒިމްގެ މައްސަލައެއް ނޫނެވެ. ކޮންމެ މީހަކު މޭޔަރަކަށް ހޮވިނަމަވެސް ޖަވާބުދާރީކުރުވަން އެމްޑީޕީގެ ލީޑަރޝިޕަށް ނުކުރެވޭ ކަމެއް ޖަވާބުދާރީ ކުރުވަން މޭޔަރަކަށް ނުކުރެވޭނެއެވެ.

    ސަރުކާރު ކޮށިއަރުވާލާނެ ކަމުގެ ހުވަފެން ދައްކައިގެން އޮތްގޮތް ނޫން މާ މޮޅުގޮތެއް އެމްޑިޕީއަކަށް އަދި ފެންނަކަށް ނެތެވެ. ކޮށުއަރުވާނެ މީހަކު ހޯދުމުގެ ނަމުގައި ޒިންމާދާރު މޭޔަރަކު ފޭލިކޮށްލާ ރޫޅާ ބަގަޔަށް ޖާގަ ހޯދަދޭން އެކަކުވެސް އުޅޭނެ ކަމެއްނެތެވެ. 

    ]]>
    Sun, 07 Dec 2025 12:00:00 +0500 މުއާޒު
    އިތުރު ހަރަދު ހިނގާގޮތަށް ސްކޫލްތަކުގެ ޔުނިފޯމު ބަދަލުކުރުމުން ކަންބޮޑުވޭ: ޝާހިދު https://heerasnews.com/3730 https://heerasnews.com/3730 ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ދިވެހި އާޢިލާތަކަށް މާލީގޮތުން ނިކަމެތިކަން ލިބިފައިވާ ވަގުތެއްގައި އިތުރު ހަރަދުތަކެއް ކޮށް ސްކޫލްތަކުގެ ޔުނިފޯމު ބަދަލުކުރަން ޖެހޭގޮތަށް ސަރުކާރު ސްކޫލްތަކުގެ ޔުނިފޯމާބެހޭ އުސޫލު އެކުލަވާލުމުން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

    މިބަދަލުގެ ނައުމުގައި ބެލެނިވެރިންގެ ހިޔާލާ މަޝްވަރާ ފުޅާދާއިރާއެއްގައި ހޯދާފައިނުވާކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ ޔުނީފޯމަށް ގެނައި މިބަދަލާބެހޭ އެކަށީގެންވާ މަޢުލޫމާތު ރަސްމީ ހައިސިއްޔަތުން ބެލެނިވެރިންނާ ހިއްސާކުރަމުން ނުދާތީ ބެލެނިވެރިންގެ މެދުގައި ނުތަނަވަސްކަށް އުފެދިފައި ވާކަމަށެވެ.

    ޔުނީފޯމަށް ގެނައި ބަދަލާގުޅިގެން މިނިސްޓްރިގެ އިސްފަރާތްތަކުން ދައްކަވާފައިވާ ވާހަކަތަކުގައި އޮޅުންއަރާ ގިނަ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެއްވޭތީ އެކަމުގައި ސާފު މަގުސަދެއް އޮތްކަމަށް ގަބޫލުކުރައްވަން ދަތިކަމަށް ޝާހިދު ވިދާޅުވިއެވެ.

    ރޭ އެކްސްގައި ޝާހިދު ކުރެއްވި ޕޯސްޓްގައި އިތުރަށް ވިދާޅުވެފައިވަނީ މިނިސްޓްރީން ނިންމާ މިފަދަ ކަންކަމުގެ މައުލޫމާތު ފޮރުވުމެއް ނެތި އާންމުކޮށް ހާމަކުރަމުން ގެންދިޔުމަށް ގޮވާލައްވާ ކަމަށެވެ. 

    ]]>
    Sun, 07 Dec 2025 10:09:27 +0500 މުއާޒު
    އދގެ ޕްރެސިޑެންސީ އޮފް ހޯޕްގެ ޓީމް، ޕްރެސިޑެންޓް އޮފް ހޯޕް އަރިހަށް https://heerasnews.com/3729 https://heerasnews.com/3729 އެކުވެރި ދައުލަތްތަކުގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ އޮފީހުގައި އޮނަރަބަލް އަބްދުއްލާ ޝާހިދު އަރިހުގައި މަސައްކަތްކުރި ކުރީގެ ޓީމުގެ މެންބަރުންނާ ބައްދަލުވެ ވަޑައިގަތުމުން ވަރަށް އުފާ ކުރައްވާކަމަށް އދ ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

    މިވަގުތު ނިއުޔޯކަށް ވަޑައިގެން ތިއްބެވި އެކުވެރި ދައުލަތްތަކުގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ އޮފީހުގެ ކުރީގެ ޓީމާ ބައްދަލުވެ ވަޑައިގަތުން އޮނަރަބަލް ޝާހިދު ސިފަކުރެއްވީ އާއިލީ ބައްދަލުވުމެއް ފަދަ އިހުސާސެއް ކުރެވުނު ބައްދަލުވުމެއްގެ ގޮތުގައެވެ. ހަނދާން ނައްތާނުލެވޭ ހިދުމަތުގެ އަހަރެއްގެ ތެރެއިން ލިބުނު ހަނދާންތަކާއި، ހިނިގަނޑުތަކާއި، ވާހަކަތަކުން ފުރިގެންވާ ބައްދަލުވުމެއްގެ ގޮތުގައެވެ.

    އެކުވެރި ދައުލަތްތަކުގެ ޖެނެރަލް އެސެމްބްލީގެ ކުރީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވި ގޮތުގައި އެބޭފުޅުންގެ ބުރަ މަސައްކަތާއި، ނުނިދާ ހޭދަކުރި ރޭތަކާއި، ގަދަފަދަ އަޒުމާ އެކު، އެބޭފުޅުންވަނީ "ޕްރެސިޑެންސީ އޮފް ހޯޕް" ހަގީގަތަކަށް ހަދާފައެވެ.

    "މުޅި ދުނިޔެއަށް ބަލިމަޑުކަމެއް ފެތުރިފައިވާ އޮތް ދަނޑިވަޅެއްގައި އދ ގެ  ޖެނެރަލް އެސެމްބްލީގެ ޖަލްސާއެއް އަޅުގަނޑުމެން އެކުގައި ކާމިޔާބު ކުރީމުއެވެ. އަދި އުއްމީދާއި، އެކުވެރިކަމާއި، ކެތްތެރިކަމަށް ބާރުއެޅީމުއެވެ." ޝާހިދު ވިދާޅުވިއެވެ. 

    ކޮންމެ ދުވަހަކުވެސް ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރެވުނު މަސައްކަތްތަކުން އާންމު ފަރުދުންނަށް މަންފާވާ ގޮތަށް އެބޭފުޅުންނާއެކު މަސައްކަތް ކުރެއްވި ކަމަށާއި އެފަދަ ކަމެއް އެކަހަލަ ހުނަރުވެރި ޓީމެއް ނެތް ނަމަ ހަގީގަތަކަށް ނުވާނެކަމަށް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ.

    އެކުވެރި ދައުލަތްތަކުގެ ޖެނެރަލް އެސެމްބްލީގެ ރައީސްގެ ހައިސިއްޔަތުން އޮނަރަބަލް އަބްދުއްލާ ޝާހިދު މިހާރު ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އދ ގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ އޮނަރަބަލް ޝާހިދާ ބައްދަލު ކުރައްވާފައެވެ. 

    ]]>
    Sun, 07 Dec 2025 09:31:54 +0500 މުއާޒު
    ޕޮލިޓިކަލް އެކްޓިވިޒަމޭ ބުނެ ނޫސްވެރިންނާ ޒާތީވިޔަސް ވައްކަން ނުފޮރުވޭނެ https://heerasnews.com/3727 https://heerasnews.com/3727 މާފަންނު ރައްޔިތުންނާ ބައްދަލު ކުރުމަށް ރައީސް މުއިއްޒު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު އަމިއްލަ ހައިސިއްޔަތުން ސުވާލުތަކެއް އޮއްސާލުމުން ދޭނެ ޖަވާބެއް ރައީސް މުއިއްޒުގެ ނެތުމަކީ ނޫސްވެރިކަމާއި ނޫސްވެރިންގެ މައްސަލައެއް ނޫނެވެ. އަމިއްލަ ހައިސިއްޔަތުންވިޔަސް އެ ނޫސްވެރިޔާ އެދެއްކީ ހައްގު ތެދު ވާހަކައެވެ. ރައްޔިތުންގެ ކަންބޮޑުވުން ހުރި ސަރުކާރުން ހިންގާ އެތައް ޖަރީމާއެއްގެ ވާހަކައެވެ. 

    މުއިއްޒު ސަރުކާރުން ހިންގާ ޖަރީމާތަކުން ކުޑަ މިންވަރެއް ރައްޔިތުންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ހިއްސާ ކޮށްލުން މުއިއްޒަށް އެއްގޮތަކަށް ވެސް ހަޖަމެއް ނުކުރެވުނެވެ. ކަންބޮޑުވުންތައް ކުރިމަތިކުރުވި ނޫސްވެރިޔާ މަސައްކަތްކުރާ ނޫހާއި އެ ނޫހުން ކުރާ ނޫސްވެރިކަމަކީ ޕޮލިޓިކަލް އެކްޓިވިޒަމް ކަމަށް މުއިއްޒު ބުނެ، ސަރުކާރުން ހިންގާ ޖަރީމާތައް ފޮރުވަން ޒާތީވުމަކުން ފޮރުވަންއުޅޭ ޖަރީމާތަކެއް ނުފޮރުވޭނެއެވެ.  

    މުއިއްޒު ކިތަންމެ ބާރަށް ބުންޏަސް ސަރުކާރާއި އެއްކީލި ޕޮލިސީ ނޫސްވެރިކަމަށްވެފައި ސަރުކާރާ އިދިކީލި ޕޮލިސީ ނޫސްވެރިކަމަށް ނުވާނެ ގޮތެއް ނުއޮންނާނެއެވެ. ނޫސްވެރިކަން ކުރުމުގައި ފަޅިނެގުމާ ނުނެގުން އެއީ ނޫސްތަކަށް އޮންނަ އިހުތިޔާރެކެވެ. ގާނޫނު އަސާސީއާއި ހިލާފްނުވާ ގޮތަށް ކޮންމެ މީޑިއާއަކަށްވެސް އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީ ގެންގުޅުމަކީ ނޫސްވެރިކަމުގެ އެންމެ އަސާސީ ސިފައެވެ. 

    ކޮންމެ ބަޔަކުވެސް ނޫސްވެރިކަން ކުރާނީ އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ތަހުގީގީ ނޫސްވެރިކަން ކުރުން އެ ބައެއްގެ އެޑިޓޯރިއަލް ޕޮލިސީގައި އޮންނަ ބަޔަކު ސަރުކާރަށް ފާރަވެރި ވާނެއެވެ. ފާޑުކިޔާނެއެވެ. ސިއްރު ސިއްރުން ހިންގާ ޖަރީމާތައް ހޯދާ ރައްޔިތުންނާއި ހަމަޔަށް ތިލަ ކުރާނެއެވެ. 

    ސަރުކާރުތަކުން ސިއްރުކޮށް ދޮގުކުރާ ކިތަންމެ ކަމެއް ނޫސްވެރިކަމުގެ ތެރެއިން ފަޅާއަރުވާލުމުން ގޮތް ހުސްވެގެން ފިޔަވަޅުއަޅާ ޝަރީއަތް ހިންގާފައި ހުރީ މަދެއްކޮށް ނޫނެވެ. ރާއްޖޭގެ މާޒީގައި ވެސް އެ ކަހަލަ އެތައް ތަޖުރިބާއެއް ވަނީ ކޮށްފައެވެ. އެފްޕީއައިޑީގެ ބޮޑު ހިޔާނާތާއި އެމްއެމްއާރުސީގެ ބޮޑު ހިޔާނާތް މިސާލަކަށް ފުދޭނެއެވެ. އެމްއެމްޕީއާރުސީ މައްސަލަ ނޫސްވެރިން ތިލަކޮށްލުމުން މައުލޫމާތުދިން މީހާ (ބޭންކް މެނޭޖަރ) ޖަލަށްލާ މުޅި މައްސަލަ އޭރު ސަރުކާރުން ދޮގުކުރިއެވެ. އެހެނެއްކަމަކު އަތްއަޅާ އޮއްބާލަން އުޅުނު ޔާމީނާއި އަދީބަށްވެސް ޖެހުނީ ޖަލުގޮޅިއަށް ވަންނާށެވެ. 

    ސަރުކާރުން ބޭނުންވާ ގޮތަށް ނޫސްވެރިކަން ނުކުރުމަކީ ޕޮލިޓިކަލް އެކްޓިވިޒަމް ކަމަށް ދެކިގެން ގަދަކަން ދެއްކޭނީ ދުވަސްކޮޅަކުއެވެ. ފޮރުވާ އަތް އަޅަން އުޅޭ ހުރިހާ ޖަރީމާއަކާ އިންސާފު އަރާ ހަމަކުރަންދެން ނޫސްވެރިން ހުއްޓި ނުތިބޭނެއެވެ. 

    ]]>
    Sat, 06 Dec 2025 13:42:48 +0500 މުއާޒު
    ޒުވާނުންނަކީ މާދަމާގެ ލީޑަރުނެއްނޫން& މިއަދުގެ ލީޑަރުން: ޝާހިދު https://heerasnews.com/3726 https://heerasnews.com/3726 އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުގެ އިންޓަރނޭޝަނަލް ކޮމިއުނިޓީ އެމްބެސެޑަރ އަދި އދ ގެ އާއްމު މަޖިލީހުގެ ކުރީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ހާލަތާއި ވަގުތައް ބައްލަވާ ދުނިޔެއަށް ދެއްވި މެސެޖު މުޅި ދުނިޔޭން ވެސް ބަލައިގަތެވެ. 

    ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން އިފްތިތާޙުކުރި "ފޮރ އަވަރ ފިއުޗަރ" ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި އދ. ގެ މައި އޮފީސްގައި ކީނޯޓް އެޑްރެސް ދެއްވަމުން ދެއްވި މުހިންމު ދުނިޔެއަށް މެސެޖް ދެއްވީ ޒުވާނުންނާއި އަންހެނުންގެ އިސްނެގުމާގުޅޭ ގޮތުންނެވެ.

    އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި އދ. ގެ ކުރިއަށް އޮތް ލީޑަރަކަށް ހޮވަންވީ އަންހެނެކެވެ. އދ. ލީޑަރަކަށް ގާބިލު އަންހެނެކު ހޮވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. 

    "ފޮރ އަވަރ ފިއުޗަރ" ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި އޮނަރަބަލް ޝާހިދު ދެއްވި އެންމެ ވަރުގަދަ އެއް މެސެޖަކީ ޒުވާނުންނަށް ދެއްވި މެސެޖެވެ. ޒުވާނުންނަކީ މަދާމާގެ ލީޑަރުންނޫން ކަމަށާއި ޒުވަނުންނަކީ މިއަދުގެ ލީދަރުންކަމަށް ޝާހިދު ވިދާޅުވިއެވެ.   

    އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން އިފްތިތާހުކުރި "ފޮރ އަވަރ ފިއުޗަރ" ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި ކީނޯޓް އެޑްރެސް ދިނުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ޝަރަފުވެރި ކަމެއްކަމުގައި އދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް އޮނަރަަބަލް އަބްދުއްލާ ޝާހިދު ވިދާޅުވިއެވެ. 

    އެކްސްގައި އެކަމާގުލޭގޮތުން ޝާއިއުކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މި މުނާސަބަތުގައި، އދ. ގެ "ޕެކްޓް ފޮރ ދަ ފިއުޗަރ" ތަންފީޒު ކުރުމަށް އެންމެ ރަނގަޅު އުސޫލުތަކާ ބެހޭގޮތުން އަލި އަޅުވާލެއްވުނު ކަމަށެވެ. 

    އިންޓަރނޭޝަނަލް ކޮމިއުނިޓީސް އޯގަނައިޒޭޝަނުން އިފްތިތާހުކުރި "ފޮރ އަވަރ ފިއުޗަރ" ހަރަކާތުގެ ކޯ-ސްޕޮންސަރުން ކަމަށްވާ ބަހުރެއިން، ގަޔާނާ، ހަންގަރީ، ކުވައިތު، ސަމޯއާ، ސިންގަޕޫރު، ތަޖިކިސްތާން، ޓޯންގާ، އަދި ޔުގަންޑާގެ ޕަރމަނެންޓް މިޝަންތަކަށް، ޕެކްޓްގެ މަގުސަދުތައް ކުރިއެރުވުމަށް އެ ފަރާތްތަކުން ދެއްވި ވަރުގަދަ އެއްބާރުލުމާއި ކޮމިޓްމަންޓަށް އެމަނިކުފާނުގެ ހިތްޕުޅުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. 

    ޕެކްޓް އެޖެންޑާ ހިއްސާކުރުމުގައި ހިތާއި ރޫހުން ބައިވެރިވެ ހިއްސާކޮށްދެއްވި އދ. ގެ ހުރިހާ މެންބަރު ގައުމުތަކަށާއި، އދ.ގެ އޭޖެންސީތަކަށާއި ސިވިލް ސޮސައިޓީ ޖަމާޢަތްތަކަށާއި އަދި މަލްޓިލެޓަރަލް ޕާޓްނަރުންނަށް ވެސް އޮނަރަބަލް ޝާހިދު ޝުކުރު އަދާކުރައްވައެވެ.

    ޝާހިދު ވިދާޅުވި ގޮތުގައި "މިހުރިހާ ފަރާތްތަކާ ގުޅިގެން، އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ޖީލުތަކަށްޓަކައި މިހާރަށްވުރެ ރަނގަޅު ދުނިޔެއެއް ބިނާކޮށް، "ޕެކްޓް ފޮރ ދަ ފިއުޗަރ" ގައި ހިމެނޭ ކަންކަން ހާސިލްކުރުމަށް މަގު ދައްކައިދޭނެ ފައިދާހުރި ގޮތްތަކަކަށެވެ."

    ]]>
    Sat, 06 Dec 2025 11:55:18 +0500 މުއާޒު
    އިބޫ ދިނީމާ މުއިއްޒު ހަވާލުކުރުން & މުއިއްޒު ދިނީމާ އާޒިމް ހަވާލުކުރުން https://heerasnews.com/3725 https://heerasnews.com/3725 ހިނގާ ހިނގާ އޮތް ދައުލަތެއްގެ ހިންގުން އެއްފަރާތުން އަނެއް ފަރާތަށް ނަގުލުވުމަކީ އަލުން ފެށުމެއް ނޫނެވެ. ހިންގާ މީހާ ބަދަލުވުމަކީ ކުރިން ހިނގަމުން އައި ހުރިހާކަމެއް އެކޮޅުކޮޅުން ޖަހަންޖެހޭ ސަބަބެއްވެސް ނޫނެވެ.

    ކުރިން ވަކިގޮތަކަށް އެއްބަސްވެ ސޮއިކޮށްގެން ކުރަމުންދާ ކަންކަމާއި ސޮއިކޮށް އެއްބަސްވުމުގެ ދަށުން ހަވާލުނުކުރެވި ހުންނަކަންކަން އަލަށް ހަވާލު ބަޔަކުވެސް ކުރަންޖެހޭނީ އެއްބަސްވެފައިވާ ގޮތަކަށެވެ. އެއްބަސްވުމުގައި ކަނޑައެޅިގެން ގާނޫނާއި ގަވައިދާ ހިލާފުކަމެއް އޮތްކަން ސާބިތު ނުވާހާ ހިނދަކު ކުރިން ނިންމި ނިންމުމަށް ފަހުން އަންނަ މީހުންވެސް އިހުތިރާމް ކުރަންޖެހޭނެއެވެ. 

    މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓް ބަޔަކަށް ދިނުމަށް ރައީސް ސޯލިހުގެ ވެރިކަމުގައި ނިންމާ އެމީހުންނާއެކު އެއްބަސްވެ ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވީއިރު އޮތީ ކުރަން އޮތް ކަމަކީ ގޯތިތަކާއި ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ މީހުނާ ހަވާލު ކުރުމެވެ. މުއިއްޒު ސަރުކާރަށް ރައްޔިތުން އެންމެ ބޮޑަށް ފާޑު ކިޔަނީވެސް ގޯތިތަކާއި ފްލެޓްތައް ދީފައިވާ މީހުނާ އެތަންތަން ހަވާލު ނުކޮށްގެންނެވެ. 

    މާލެ ސިޓީގެ ކުރީގެ މޭޔަރ މުއިއްޒުގެ މޭޔަރކަމުގައި މާލެ ސިޓީން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިންތަކުގެ އެގްރިމަންޓްގައި ސޮއިކޮށް ހަވާލު ނުކޮށް ހުރި ބިންތައް އާދަމް އާޒިމް މޭޔަރުކަމާއި ހަވާލުވި ފަހުން އެފަދަ ބައެއް ފަރާތްތަކާ ބިންތައް ހަވާލުކޮށްފައިވެއެވެ. ބަޔަކާ އެއްބަސްވެފައި އެވަނީ މާލެ ސިޓީ ކައުންސިލުންނެވެ. މާލެސިޓީ ކައުންސިލުން ގާނޫނީ ހަމަތަކުގެ މަތިން ނިންމާފައި ހުންނަ ނިންމުންތަކަށް މޭޔަރުކަމުގައި ކޮންމެ މީހަކު ހުއްޓަސް އިހުތިރާމް ކުރަންޖެހޭނެއެވެ. 

    ރައީސް ސޯލިހު ދެއްވި ބިންތަކާއި ގޯތިތައް ރައީސް މުއިއްޒަށް ދެއްވަން ޖެހިވަޑައިގަންނަވާހެން މޭޔަރ މުއިއްޒު ހައްދަވާ ސޮއިކުރައްވާފައިވާ އެއްބަސްވުމާއި އެއްގޮތަށް މޭޔަރ އާޒިމް ވެސް އަމަލު ކުރައްވަން ޖެހިވަޑައި ގަންނަވާނެއެވެ. ގާނޫނީ ހަމަތަކާ އެއްގޮތަށް އެއްބަސް އެއްބަސްވެ ސޮއިކޮށް ހަވާލު ނުކޮށް އޮތްބިމެއް އޮތިއްޔާ ހަވާލު ކުރަންޖެހޭނެއެވެ. 

    ސިޔާސީ ހަސަދަ ވެރިކަމުގައި ސިޓީ ކައުންސިލަރުންގެ ގޮތުގައި ތިއްބަވައިގެން ސައިފް ފާތިހާ ނަހުލާ އަލީ އަރުވާ ފޮނުން އެނގި ހާމަވަނީ އާޖުފާޖު ވެސް ނޭނގޭކަމެވެ. އަމިއްލަ ނަފްސުގެ އިތުބާރު މީހުންގެ ތެރޭގައި ގެއްލި ދާއިރުވެސް ނޭނގެނީތާއެވެ. ހަސަދައާއި ނަފުރަތުން ފޯވެގެން ބަޔަކު ދައްކާހާ ވާހަކަ ގަބޫލުކުރާ ވަރަށްވުރެ މީހުނަށް ކާކަކީ ކާކުކަން އެނގޭކަންވެސް ނޭގެނީތާއެވެ.  

    ]]>
    Fri, 05 Dec 2025 18:28:56 +0500 މުއާޒު
    އިންތިހާބުތައް ބޯމަތިވުމުން ރައީސް އުޅުއްވަނީ ވަރަށް އައްޗިކޮށް https://heerasnews.com/3724 https://heerasnews.com/3724 ކޮންމެ ފަހަރަކުވެސް އިންތިހާބެއް ބޯމަތިވުމުން ރައްޔިތުންގެ ގްރޫޕްތަކާ ބައްދަލު ކުރެއްވުމަކީ ރައީސް މުއިއްޒުގެ އާދައެކެވެ. ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަމަކަށް ވަކިވަކީން އެޓެންޑްވެ ވަޑައިގެން ހައްލު ކޮށްދެއްވާނެ ކަމަށް ވިދާޅުވެއެވެ. އަހާ ފޯރަމާއި ބަހާ ފޯރަމާއި ކަހާ ފޯރަމު ބާއްވަވައިގެން އެވިދާޅުވާ އެޓެންޑެއްވެ ވަޑައިގެން ކަމެއް ރަނގަޅު ވާތަނެއް ނުފެނެއެވެ. 

    ދުވަހެއް ދުވަހަކަށް އާއްމު ރައްޔިތުންނަށް ދަތިވުން ނޫންކަމެއް މި ވެރިކަމުގައި ނުވެއެވެ. އާއްމު ބަލި ބައްޔަށް ކުރިން ފަސޭހަކަމާއެކު ރާއްޖޭން ލިބެމުންއައި ގިނަ ބޭސް ގަންނަންވެސް ރާއްޖޭން ލިބޭކަށް ނުހުރެއެވެ. އައިޖީއެމްއެޗްގެ ވެއިޓްލިސްޓްގެ ކިޔޫ ކުރެއް ނުވިއެވެ. ކުރިން އައިޖީއެމްއެޗުން ފަސޭހަކަމާއެކު ހެދޭ އެތައް ޓެސްޓެއް ނުހެދި އެތައް ދުވަހެއް އެބަނަގައެވެ. ނަމުގައި ރާއްޖޭން ބޭސްނުކުރެވޭ ބައްޔެއްނެތެވެ. ރާއްޖޭން ބޭސްކުރަން އައިޖީއެމްއެޗްގެ ކިޔުގައި އޮއްވާ ބަލިހާލު ބޮޑުވެ ކަށްވަޅަށް ނޫނީ އައިސީޔޫއަށް ދާންޖެހެނީ އެކެއް ދެ މީހަކަށް ނޫނެވެ.

    ފޮޓޯނަގާ ކެޕްޝަން ހަދައިގެން ރާއްޖޭގެ ސިއްހީ ހިދުމަތާއި ބޭސްފަރުވާގެ މޮޅު ވާހަކައާއި ފަސޭހަކަމުގެ ވާހަކަ ބޮޑު ހޭދަކޮށްގެން ބަޔަކުލައްވާ އެބަ ފަތުރައެވެ. ފަތުރާ ފޮޓޯތަކާއި ކެޕްޝަން ތަކުން މިހާރު ރާއްޖެއަކީ ދުނިޔޭގައި ސިއްހީ ހިދުމަތް އެންމެ ރަނގަޅުކަމަށް ބަލާ ޓައިވާނާއ ސައުތުކޮރެޔާ އާއި ޖަޕާނާއި ނޯވޭ އާއި ނެދަރލެންޑަށް ވުރެވެސް ކުރީގައި އޮތްތަނެކޭ ހީވެއެވެ. 

    މަައްޗަށް ނާރާނެކަމަށް ވިދާޅުވަމުން ގެންދެވި ޑޮލަރުގެ އަގު ވިއްސަށްވުރެ ތިރިނުވެ އޮތުމުން ބާޒާރުގައި މުދަލުގެ އަގަށް އަތެއް ނުފޯރައެވެ. އާއްމު އަޑައިގެ ބޭނުމަށް ތަކެތި ގަންނަ އޮންލައިން ޕްލެޓްފޯމް ތަކުން ކުރާ ވިޔަފާރިތަކަށް ހަދާ ކޮންމެ ޓްރާންސެކްޝަނަކަށް 30 ކަޑާލާ އެކަންވެސް ވަނީ ގެއްލުން ބޮޑު ތަކުލީފަކަށް ހަދާފައެވެ.

    ދުންފަތާ ދުރުކުރުމުގެ ނަމުގައި އެޅުއްވި ފިޔަވަޅުތަކުން ނިކަމެތިންގެ ޖީބުތައް ދިޔައީ ފުލެވެ. ސަރުކާރަށް ލިބުނު އެތައް މިލިޔަން ޑޮލަރު ނުލިބި ގެއްލުނީއެވެ. ސްމަގުލަށް ބޮޑު ދޮރެއް ހުޅުވި އެތައް ބަޔަކު ޖަލުގޮޅިތަކުގައި ތާށިވީއެވެ.  

    ހައުސިންގ މިނިސްޓްރީ އަނދާ އަޅިއަށްވުން ފިޔަވާ ސަރުކާރުން ތަންފުކެއްވެސް ކުޑަވީ ތަނެއް ނުފެނެއެވެ. ކަމެއްނެތް ނަމެއްގައި ސިޔާސީ މަގާމު ބެހުން ހުއްޓައެއް ނުލައެވެ. މޫނަކަށް ކަނދުރާއަކަށް ނުބައްލަވާ ބައްލަވާނެ ކަމަށް ވިދާޅުވި އެމްއެމްޕީއާރުސީ މައްސަލައޮތީ އޮތްތާގައެވެ.

    މިހެން ކިޔާފައި ނުކިޔާނެ ވަކިކަމެއްނެތެވެ. ރަނގަޅުކަމެއް ރަނގަޅުވާކަމެއް ނުފެނެއެވެ. މުއިއްޒު ސަރުކާރުން ކުރާ ކޮންމެ ކަމަކާއެކު އެއްހަމައެއްގައި ނުވަތަ އެއަށްވުރެ މަތީގައި އޮންނަނީ ކޮރަޕްޝަނާއި ހިޔާނާތެވެ. ބޭއިންސާފާއި އިސްރާފެވެ. މަކަރާ ހީލަތާއި ނާގާބިލުކަމެވެ. އަމްދުން އިންތިހާބުތައް ބޯމަތިވުމުން ރައީސް އުޅުއްވަނީ ވަރަށް ވެސް އައްޗިކޮށެވެ. 

    ]]>
    Fri, 05 Dec 2025 13:19:04 +0500 މުއާޒު
    ފުލުހުންގެ ވެރިން ކޮށާކާޅަށް ދިނަސް ވަޒީރު އިހުސާނަށް ވަރިހަމަ! https://heerasnews.com/3723 https://heerasnews.com/3723 މިހާރަކު ޖެހިގެން މިއުޅެނީ ކޮންފަދަ ބަލިމަޑުކަމެއް ހެއްޔެވެ. ދައުލަތުގެ ތަންފީޒީ އިދާރާތަކުގެ އިސްވެރިން ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުން ފޫގަޅައިގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ.

    ފުލުހުންގެ ޑެޕިއުޓީ ކަމިޝަނަރަކާއި އޭސީޕީ ޝިފާން ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ނިންމިތާ މާގިނަ ދުވަހެއް އަދި ނުވެއެވެ. އޭގެ ކުރިން ކަސްޓަމްސްގެ ޑެޕިއުޓީ ކަމިޝަނަރ އަކުވެސް ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކުން ނިންމިއެވެ. އެންމެ ފަހުން ޕޮލިސް ކޮމިޝަނަރ ނަވީން ހިމެނޭގޮތަށް ފުލުހުންގެ އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔިތު ކޮމެޓީން ހުސްވި މަސް ނިމިނިމި އޮއްވާ ވަނީ ފާސްކޮށްފައެވެ. މިފަހަރު ސަސްޕެންޑް ކުރަން ނިންމީ ފުލުހުންގެ ލަޝްކަރުގެ އެންމެ އިސް މީހުންނެވެ. 

    ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަނާއި ފަސާދަ ނައްތާލުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެކެވެ. ކުރަންވެސްޖެހޭ ކަމެކެވެ. އެހެނެއް ކަމަކު ބަޔަކަށް ފިޔަވަޅުއަޅަން ފާސްކުރުމުގެ ކުރިން ފާސްކުރަން ތިބި މެންބަރުން ތިބީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެގެންތޯ އަމިއްލައަށްވެސް ވިސްނާލުން ރަނގަޅެވެ. ކޮރަޕްޝަނާއި ފަސާދަ ނައްތާލުމުގެ ނަމުގައި ކުރާ އެފަދަ ކަންކަމަކީ ބަޔަކު މީހުންގެ ކިބައިން ބަދަލެއް ހިފާލުމަށް ނުވަތަ ވަކިބައެއްގެ ބާރުގެ ދަށަށް ތަންފީޒީ މުއައްސަސާތައް ގެންދިޔުމުގެ ނުބައި ނިޔަތުގައި ކުރާކަމަކަށް ނުވުމަށްވުރެ ވުންގާތެވެ.

    ކަންކަން ހިނގާ ގޮތާމެދު ވިސްނާލުމުން ދައުލަތުގެ ޔުނީފޯމް ބޮޑީތަކުގެ އިސްވެރިން ސަސްޕެންޑް ކުރުމަށް ނިންމަމުން ދަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް (ނަމިރާ ނާޒިމް) ކޮންޓްރޯލްކުރާ ކޮމެޓީ ތަކަކަށްވުމަކީ ކުޑަ އިއްތިފާގެއް ނޫނެވެ. ހަމައެކަނި މާލިއްޔަތު ކޮމެޓީއަށް ވިސްނާލިޔަސް ރައްޔިތުންގެ ތެރޭގައި ކޮރަޕްޝަނުގެ އިނގިލި ދިއްކުރެވޭ މީހުން އެބަ ތިއްބެވެ. އަމިއްލަ ވިޔަފާރީގެ މަސްލަހަތު ހިމާޔަތްކުރަން މަގާމުގެ ނާޖާއިޒު ފައިދާ ނަގައިގެން ވާދަވެރި ވިޔަފާރިތައް ފުޑާލަން މަސައްކަތް ކުރާ ބަޔަކު މާލިއްޔަތު ކޮމެޓީގައި ތިބިކަމަށް ބުނާ މީހުން މަދެއްނޫނެވެ. 

    ހުދު އަހުމަދު ނާޒިމުގެ ނަޒާހަތްތެރިކަމާމެދު މީހުން ސުވާލު އުފައްދައެވެ. 25 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް މައްސަލަ އަލުން ބަލަށް އަމުރުކޮށް ސްޕްރީމް ކޯޓުން ދޫކޮށްލުމުން އެމައްސަލަ އަލުންނުބަލާ އޮތްއޮތުމަކީ އޭނާއަށް ނަޒާހަތްތެރިކަމުގެ ލައިންސަންސް ދިނުމެއް ނޫނެވެ. ނާޒިމަށް ނިސްބަތްވާ ނަމިރާ ކުންފުނި މެދުވެރިކޮށް ހިންގިކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައި ހުރިހާ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކާއި މީހުން ބްލެކްމެއިލް ކުރުވުމަށް ތުހުމަތުކޮށް ހުށަހެނުހާ ޖަރީމާތަކުގެ މައްސަލަތައް ފުލުހުންގެ ރެކޯޑްތަކުން ފޮހެލީތޯވެސް އެތައް ބަޔަކު ސުވާލު ކުރެއެވެ. ނޫނީ އެމައްސަޔަތައް ބެލުމުގެ ހިތްވަރު ފުލުހުންގެ ނެތީތޯ މީހުން ސުވާލު އުފައްދައެވެ.

    ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް ބޭނުންކޮށްގެން ފުލުހުންގެ އިސް އޮފިސަރުންތަކެއް ބަދުނާމުކޮށް އެ މީހުންގެ އަގުވައްޓާލާއިރު ހޯމް މިނިސްޓަރަކީ އަޅެކީއް ކުރާ މީހެއް ހެއްޔެވެ. ޖަވާބުދާރީވުމަށް ފުރުސަތު ނުދީ ކޮމެޓީއަކުން ނިންމާ ކަމަކަށް ފިޔަވަޅު އެޅުމަކީ މުޅި މުއައްސަސާއާއި ފިޔަވަޅުއެޅޭ ބައެއްގެ ކަރާމާތާއި ނަޒާހަތްތެރިކަމަށް ދެވޭ އިޔާދަ ނުކުރެވޭ ވަރުގެ އަނިޔާއެކެވެ. އެބައެއްގެ އަނބިދަރިންނާއި އާއިލާއަށްވެސް ދެވޭ ދާއިމީ އަނިޔާއެކެވެ. އެ ގޮތުން ޕޮލިސް ކަމިޝަނަރ އާއި ޑެޕިއުޓީ ކަމިޝަނަރާއި ސީނިއަރ އެތައް އޮފިސަރުން ކޮށާ ކާޅަށް ކާންދޭއިރު ހޯމް މިނިސްޓަރު އަދާ ކުރާނެ ޒިންމާއެއް ހަމަ ނެތީ ހެއްޔެވެ. 

    ]]>
    Fri, 05 Dec 2025 11:45:00 +0500 މުއާޒު
    ހާފިޒުކަން ހޯދާ ތުޅާދޫ ފުރަތަމަ ރަށްވެއްސަކަށް 130000ރ https://heerasnews.com/3722 https://heerasnews.com/3722 ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް 130،000 ރުފިޔާ ހުށަހަޅައިފިއެވެ. އެކަން އިއުލާނުކުރީ ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައެވެ. 

    31 ޑިސެމްބަރ 2030 ގެ ނިޔަލަށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ރަށްވެއްސަކަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ 130،000 ރުފިޔާގެ ތަފްސީލްތައް ދެއްވީ ތުޅާދޫ ސްޕޯރޓްސް ކުލަބުގެ ރައީސް ޙުސައިން ރަޝީދުއެވެ. ތުޅާދޫގައި ގުރްއާން ހިތުދަސްކުރާ ހާފިޒުންގެ އާރެއް އުފެއްދުމަށް ބާރުއެޅުމުގެ ގޮތުން އިނާމް ހުށަހަލާފައިވަނީ ތުޅާދޫ ސްޕޯރޓްސް ކުލަބުންނާއި ތުޅާދޫގައި ކިޔަވާދިނުމުގެ ހިދުމަތް ކުރައްވާފައިވާ ދެ އަގުހުރި ބޭފުޅެއްގެ ހަނދާނަށެވެ. 

    ހުށަހެޅިފައިވާ އިނާމް:

    • 31 ޑިސެމްބަރ 2030ގެ ނިޔަލަށް ސަނަދު ހާސިލުކުރާ ތުޅާދޫގެ ފުރަތަމަ ހާފިޒަށް ތުޅާދޫ ސްޕޯރޓްސް ކުލަބުންދޭ 25000.00 ރުފިޔާ
    • ގުރްއާން މުދައްރިސް އަލްމަރުހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް އާއިލާގެ ފަރާތުން 25000.00 ރުފިޔާ
    • ގުރްއާން މުދައްރިސް އަލްމަރުހޫމް އިބްރާހީމް ހުސައިންފުޅުގެ ހަނދާނަށް އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑުން 50000.00 ރުފިޔާ
    • ތުޅާދޫގެ ތައުލީމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަލްމަރްޙޫމް އަލީ މުހައްމަދުމަނިކު (އެދުރުބެ) ކަރަންކާއާގެ / ބ.ކުޑަރިކިލު ގެ ހަނދާނުގައި 30000.00 ރުފިޔާ

    ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތު އޮތީ02 ޑިސެމްބަރ 2025 ވީ އަންގާރަ ދުވަހުގެ ރޭ 08:30 ގައި ތުޅާދޫ ސްކޫލްގެ މަލްޓި ޕާރޕާސް ހޯލުގައެވެ. މި ރަސްމިއްޔާތަކީ ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށާއި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުން ތުޅާދޫއަށް ރީތި ނަން ހޯދަދިން ބައިވެރިންނަށް ހިތްވަރުގެ ފިލާ ދިނުމަށާއި ތުޅާދޫ ސްޕޯރޓްސް ކުލަބަށް އަހަރުގެ ގައުމީ ގުރްއާން މުބާރާތުގައި ލިބުނު ކާމިޔާބީގެ އަގު ވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

    ]]>
    Thu, 04 Dec 2025 13:06:39 +0500 މުއާޒު
    ޑރ. ޒިޔާދު ބާގިރުގެ ނަޒަރުން: މަސްތުވާތަކެއްޗާއި މަރުގެހުކުމް https://heerasnews.com/3721 https://heerasnews.com/3721 ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާމީހުންނަށް މަރުގެ ހުކުމް ކުރުމަށް ފާސް ކުރުމާއި ގުޅިގެން ވިސްނާ ފިކުރުކޮށްލަން ޖެހޭކަމަށް ވިދާޅުވެ ޑރ. ޒިޔާދު ބާގިރު ފާޅުކުރެއްވި ހިޔާލު ފުޅެއް މިތަނުގައި ހިއްސާކޮށްލުން މުހިންމުކަމަށް ދެކެމެވެ. އެހެނީ އެވަރުގެ ހައްސާސުކަމެއް ނިންމުމުގައި މަޖިލީހުގެ ނިންމުން ބިނާކުރީ ޝަރުއީ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކަން ނުވަތަ ސިޔާސީ ގޮތުން ކްރެޑިޓެއް ހޯދަންކަން އެނގެންޖެހެއެވެ.

    މަސްތުވާތެކެތި އެތެރެ ކުރާމީހުންނަށް މަރުގެ ހުކުމް ކުރުމަށް ފާސް ކުރުމާއި ގުޅިގެން އެންމެ ފުރަތަމަވެސް ޑރ. ޒިޔާދު އުފައްދަވާ ސުވާލަކީ މައްސަލައަކީ ޝަރްއީ ހުކުމެއް އެކުލެވޭ ކަމަކަށް ވާއިރު ރާއްޖޭގެ ފަތުވާމަޖްލިސްއާއި އިސްލާމިކް މިނިސްޓްރީއާއި މިކަމުގައި މަޝްވަރާ ކުރެވުނީ ކިހާވަރަކަށް ބާވައޭ ވިދާޅުވެ އުފައްދަވާ ސުވާލެވެ.

    ދިވެހި ރަދީފުގައި ވާގޮތުން މަސްތުވާ ތަކެއްޗަކީ އެއްޗެއް ބޭނުންކުރުމުން އަމަލުވާ ކޮންމެ އެއްޗެކެވެ. އެހެންކަމުން މަސްތުވާ ތަކެއްޗަކީ ކޮބައިކަން ސާފުކޮށް އެނގޭނޭހެން ބަޔާންކުރަން ޖެހޭނެއެވެ.

    ޝަރުއީ ހުކުމެއް ހިމެނޭ އެވަރުގެ ބޮޑުކަމެއް ނިންމުމުގައި ފާހަގަ ކޮށްލަން ޖެހޭ މުހިންމު ނުކުތާތަކެއް ހުރިކަމަށް ވިދާޅުވަމުން އެ ފަދަ ޝަރްއީ މައްސަލަތަކުގައި އެކަމާ ގުޅުންހުރި މައްސަލާގެ އަސްލަށް ރުޖޫއަ ވާން ޖެހޭނެކަމަށް ވިދާޅުވެ ޑރ. ޒިޔާދު ފާހަގަ ކުރައްވާ ބައެއްކަންކަން ހިއްސާކޮށްލާނަމެވެ.    

    ފިގުހު އިލްމުވެރިން ވިދާޅުވާގޮތުގައި މަސްތުވާ ތަކެއްޗަކީ އެއްޗެއް ބޭނުންކުރުމުން މަސްތުކުރުވާ ކޮންމެ އެއްޗެކެވެ. ބުއިމުގެ ގޮތުގައި ބޭނުންކުރާ ތަކެއްޗާއި، ކާތަކެއްޗާއި އެނޫން ގޮތް ގޮތަށް ބޭނުންކުރާ އެތައް ބާވަތެއް މަސްތުވާ ތަކެތީގެ ތެރޭގައި ހިމެނެއެވެ. 

    މަސްތުވާތަކެތީގެ ތެރޭގައި ބަގުރާ ހިމެނޭނެކަން ޔަގީނެވެ. މާތް ރަސޫލާގެ ހަދީސުން މިކަން ކަށަވަރު ކޮށްދެއެވެ. އަލްއިމާމު މުސްލިމު ރިވާކުރެއްވި ހަދީސެއްގައި ވެއެވެ. މާތް ރަސޫލާ ހަދީސް ކުރެއްވިއެވެ. "މަސްތުވާ ކޮންމެ އެއްޗަކީ ރަލެވެ. އަދި މަސްތުވާ ކޮންމެ އެއްޗަކީ ހަރާމް އެއްޗެކެވެ." 

    މަސްތުވާތަކެތި ގަނެ ވިއްކުމުގައިވެސް އޮންނާނީ ވެސް ހަމަ މި ހުކުމެވެ. އަލްއިމާމު ބުހާރީ އާއި މުސްލިމު ރިވާކުރެއްވި ހަދީސެއްގައިވަނީ މާތް ރަސޫލާ ހަދީސް ކުރެއްވިއެވެެ. " ހަމަކަށަވަރުން ﷲ އާއި އެކަލާނގެ ރަސޫލާ، ރާއާއި މުޅަތަކެއްޗާއި އޫރާއި އަޅުކަން ކުރަންގެންގުޅޭ ބުދު ވިއްކުން ހަރާމް ކުރެއްވިއެވެ."

    ބަނގުރާ ބުއިމާއި މަސްތުވާތެކެތި ބޭނުންކުރާ މީހުންނަށް، އެކަން ސާބިތުވެއްޖެނަމަ އެކަމުގެ ހައްދުވަނީ އިސްލާމްދީނުގައި ކަޑައަޅުއްވާފައެވެ. އެހެން ނަމަވެސް މިތަކެތި ގަނެ ވިއްކާ މީހާގެ އުގޫބާތް ދިނުމުގެ މިންވަރު ކަނޑައަޅަން ހާކިމާއަށް ވަނީ ދޫކޮށްލެވިފައެވެ. އެހެންކަމުން މަސްތުވާތަކެތި ވިއްކުމުގެ މައްސަލާގައި ހާކިމާ ހުކުމެއް ކަނޑައަޅުއްވާއިރު މަސްތުވާތަކެތީގެ ހުރިހާ ބާވަތެއް ހިމަނަންވާނެއެވެ. އެހެން އެކަން ނުވެއްޖެނަމަ އެއީ ޝަރްއީ މައްސަލަތަކާއި މެދުވެވޭ ވަރަށް ބޮޑު އިހުމާލެކެވެ. 

    އެއްބާވަތެއްގެ މައްސަލަތަކުގައި މިގޮތަށް އިސްތިސްނާ ކުރުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ. އެހެނީ މަސްތުވާތަކެތީ އަސްލަކީ ބަގުރަލެވެ. މިކަމަކީ މިއީ ސީދާ އެތަކެއް ދަލީލުތަކެއް ވާރިދުވެފައިވާ މައްސަލައެކެވެ. މަސްތުވާ ތަކެތީގެ ދެންހުރި ބާވަތްތައް ހަރާމް ކުރައްވާފައިވަނީ ބަގުރަލަށް ގިޔާސް ކޮށްގެންނެވެ. މަސްތުވާތަކެތީގެ އަސްލަކީ ބަގުރަލެވެ. ބަގުރާ އެތެރެކުރާ މީހުން މިކަމުގައި އިސްތިސްނާ ކުރުމަކީ ހަރާމް ކުރައްވާފައިވާ ކަމެއް ހުއްދަ ކުރުމެވެ. ހަރާމް ކުރައްވާފައިވާކަމެއް ހުއްދަ ކުރުމަކީ އެމީހެއްގެ އިމާން ކަމާމެދު ސުވާލު އުފައްދަން ޖެހޭ ވަރުގެ ކަމަކެވެ. 

    ދެންއޮތީ މަރުގެ ހުކުމްގެ މައްސަލައެވެ. މަރަށް މަރުހިފުމުގެ މައްސަލާއާއި މެދު ވިސްނާލާއިރު ހާމަވެގެން ދަނީ މީހަކު މަރާލުމުގެ ނިޔަތުގައި މަރުވާފަދަ ވަސީލަތެއް ބޭނުންކޮށްގެން، އެހެން މީހެއްގެ ލޭ ހުރުމަތް ތެރިވެގެންވާ އިންސާނަކު ގަސްތުގައި މަރައިލުމެވެ. މިއީ މަރަށް މަރު ހިފަންޖެހޭ ހާލަތެކެވެ. އެހެން ނަމަވެސް މިހާލަތުގައި ހުކުމް އިއްވުމުގެ ކުރިން ބަލަންޖެހޭ މުހިންމު ދެ ކަމެއް އޮވެއެވެ. 

    1. މަރަށް މަރުހިފުމަށްޓަކައި މުހިންމު 3 ޝަރުތެއް ފުރިހަމަވާން ޖެހެއެވެ.
    • ގާތިލުގެ ހިތުގައި މީހަކު މަރާލުމުގެ ގަސްތު އޮތުން 
    • އުދުވާނީ ހަމަލާގައިމަރާލެވުނު މީހަކީ ލޭޙުރުމަތް ތެެރިވެގެންވާ މީހެއްކަމުގައިވުން 
    • ގަތުލު ކުރުމަށް ޓަކައި ގެންގުޅުނު އާލަތަކީ އާންމުކޮށް މީހަކު މަރައިލެވޭފަދަ އާލަތަކަށްވުން

      2. މީގެ އިތުރުން މަރުގެ ހުކުމް ތަންފީޒު ކުރުން ބިނާވެފައި އޮންނަނީ މަރުވެފައިވާ މީހާގެ ވާރުތަވެރިންގެ ރުހުމާ ނުރުހުމުގެ މައްޗަށްށެވެ. 

    • މީހަކު ގަތުލު ކުރުމަށް އާއްމުގޮތެއްގައި ބޭނުން ނުކުރާ ވަސީލަތެއް ބޭނުންކޮށްގެން ގަތުލުކުރުމުގެ ނަޔަތަކާ ނުލައި، ހިންގާ އުދުވާނީ އަމަލެއްގައި ލޭގެ ހުރުމަތް ތެރިކަން ދެމިއޮތް މީހަކު މަރުވުމެވެ. މި ހާލާތުގައި މަރަށް މަރެއް ނުހިފާނެއެވެ.
    • މީހަކު ގަތުލު ކުރުމުގެ ގަސްތެއްނެތި ކުރި އަމަލެއްގައި ގަސްތުކުރެވިފައިވާ މީހާނޫން އެހެން މީހަކަށް ގެއްލުމެއްލިބި މަރުވުމެވެ. މިހާލާތުގައި ވެސް މަރަށް މަރެއް ނުހިފާނެއެވެ.

    މަރަށް މަރުހިފުމުގެ މައްސަލާގައި އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހާލަތްތަކަކީ މިއެވެ. މީގެ ތެރެއިން ވެސް ފުރަތަމަ ހާލަތުގައި މަރަށް މަރު ހިފުމުގައިވެސް އިލްމުވެރިން ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަ ވެގެން ނޫނީ މަރަށް މަރު ނުހިފޭނެއެވެ.

    ކަންމިހެން އޮތް އިރު  ޝަރުއުގައި ކަނޑައަޅުއްވާފައިނެތް ކަމެއް ކޮންމެހެން ކަނޑައަޅަން ޖެހިއްޖެނަމަ ކަނޑައަޅަންވާނި ވަރަށް ވިސްނުންތެރިކަމާއެކު، ކަމުގެ ފަންނީ މާހިރުންގެވެސް ލަފަޔާ އެކުގައެވެ. ޝަރްއީ މައްސަލަތަކުގައި މިފަދަ ހާލަތްތައް ކަނޑައަޅަން ވާނީ ޝަރްއީ އިލްމު ލިބިފައިވާ މީހުންނެވެ. މިފަދަ ޝަރްއީ ބޮޑެތި މައްސަލަތަކުގައި މިގޮތް ގޮތަށް ނުބަލާ ކަންކަން ނިންމުމުމަކީ ފަހުން މިކަމުގެ ހިތާމަ އުފުލަން ޖެހިދާނެކަމެވެ. ދުނިޔޭގެ ބޮޑެތި ފިގުހީ މަޖްލިސްތަކުގައި (ފަތުވާ މަޖްލިސް) ތަކުގައި އަލަށް އުފެދޭ ޝަރްއީ ބޮޑެތި މައްސަލަތަކުގައި ގޮތް ނިންމަން ފަސް ހަމަސް ނަގައެވެެ.

    ދެން އޮތީ ރާއްޖޭގެ އަދުލުގެ ނިޒާމެވެ. މިފަދަ ބޮޑެތި މައްސަލަތައް ނިންމުމުގެ އިހުތިޔާރު ރާއްޖޭގައި ފަޑިޔާރުންނަށް އެބައޮތް ތޯއެވެ. މިފަދަ ހައްސާސީ މައްސަލަތަކުގައި އެއިރަކު އޮންނަ ބާރަކުން މީހަކު ފުރޭމުކޮށް މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ދުރުގައިވާ ކަމަކަށް ނުވެހިގައިދާނެއެވެ. 

    ރާއްޖޭގެ އަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ގާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މިފަދަ ކަންކަން ނިންމަން ހެޔޮނުވާނެއެވެ. އެއްވެސް ފަރާތެއްގެ ނުފޫޒު ފަޑިޔާރުންގެ މައްޗަށް އޮތުމަކީ ޝަރްޢީ ގޮތުން ހުއްދަ ވެގެންވާނެ ކަމެއް ނޫނެވެ. ރާއްޖޭގެ ޝަރްއީ ނިޒާމުގެ ހާލަތު މީހަކު ކިޔައިދޭކަށް ނުޖެހެއެވެ. ހެޔޮވިސްނޭ ކޮންމެ މީހަކަށް މަންޒަރުތައް ވަރަށް ސާފުކޮށް ހާމަވެގެން ދެއެވެ. 

    މަރަށް މަރުގެ ހުކުމް ކޮށްފައި ކިތައް މީހުން މިއަދު ތިބިތޯ ބަލަން އެބަޖެހެއެވެ. ހުކުމް ތަންފީޒު ނުކުރެވި ލަސްވާ ސަބަބުތަކަކީ ކޮބައިތޯ ވެސް ބަލަން ޖެހެއެވެ. އައްނަހުލު ސޫރަތުގެ 43 ވަނަ އާޔަތުގެ ވަހީގެ ބަސްފުޅުގެ މާނާގައި ވަނީ "ފަހެ، ތިޔަބައިމީހުން ނުދަންނަ ކަމުގައި ވާނަމަ، ތިޔަބައިމީހުން އިލްމުގެ އަހުލުވެރިންނާ ސުއާލު ކުރާށެވެ!"

    ]]>
    Thu, 04 Dec 2025 11:22:57 +0500 މުއާޒު
    ތުޅާދޫ ސްޕޯރޓްސް ކުލަބުގެ ގުރުއާން މުބާރާތުގެ ނިންމުން ފާހަގަކޮށްފި https://heerasnews.com/3720 https://heerasnews.com/3720 ތުޅާދޫ ސްޕޯރޓްސް ކުލަބުން 196 ބައިވެރިންނާއި އެކު، 20 ނޮވެމްބަރ އިން 22 ނޮވެމްބަރގެ ނިޔަލަށް އެ ކުލަބުގެ އިދާރާގައި ކުރިއަށް ގެންދިޔަ 22 ވަނަ ގުރްއާން މުބާރާތުގެ ނިންމުން 02 ޑިސެމްބަރ 2025 ވީ އަންގާރަ ދުވަހުގެ ރޭ 08:30 ގައި ތުޅާދޫ ސްކޫލްގެ މަލްޓި ޕާރޕާސް ހޯލުގައި ކާމިޔާބުކަމާއި އެކު ފާހަގަކޮށްފިއެވެ.

    ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ 49 އަހަރު ގުނަމުންދާ ހިދުމަތްތެރި ތުޅާދޫ ސްޕޯރޓްސް ކުލަބުން އިސްނަގައިގެން ގުރްއާނުގެ ޢިލްމު ފުޅާކުރުމަށްޓަކައި ކުލަބުން ކުރަމުން އަންނަ މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މުބާރާތުގެ ބައިވެރިންނާއި އަދި ބެލެނިވެރިންނާއި ބަައްދަލުވުމުގެ ފުރުސަތު ލިބުމުން ނުހަނު އުފާކުރާ ކަމަށާއި ތުޅާދޫ އަކީ ތައުލީމާއި އަދި މަސައްކަތްތެރި ކަމަށް ނުހަނު އިސްކަންދޭ ރައްޔިތެއް ދިރިއުޅޭ ރަށެއްކަމަށާއި އެރަށަށް ވަޑައިގަތުމުން ތުޅާދޫގެ ލޮބުވެތި ރައްޔިތުން ކިޔުއްވި ހޫނު މަރުބަޔާއި ދެއްވިމެހުމާން ދާރީއަށް ޝުކުރު ދަންނަވާ ކަމަށެވެ.

    ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށާއި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުން ތުޅާދޫއަށް ރީތިނަން ހޯދަދިން 2 ބައިވެރިންނަށް ހިތްވަރުގެ ފިލާ އާއި ތުޅާދޫ ސްޕޯރޓްސް ކުލަބަށް މި އަހަރުގެ ގައުމީ ގުރްއާން މުބާރާތުގައި ލިބުނު ފަޙުވެރިވެރި ގައުމީ ކާމިޔާބީގެ ހިއްސާދާރުންގެ އަގުވަޒަންކުރުމުގެ ގޮތުން މޫސާ ނުސައިރު، މިރިހިގަސްދޮށުގެ، ބ. ތުޅާދޫ، ތުޅާދޫ ކައުންސިލް، ތުޅާދޫ ސްކޫލް އަދި ބ. އަތޮޅު ކައުންސިލަށް ޝުކުރުގެ ފިލާ ހަދިޔާކުރުމަށް ކުލަބުން އިންތިޒާމްކޮށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި މި ކުލަގަދަ ރަސްމިއްޔާތުގައި ޖުމްލަ 51 ފަރާތަކަށް ވަނީ ހަނދާނީ ލިޔުމާއި، އިނާމް، ޓްރޮފީ އަދި ޝީލްޑް އަރުވާފައެވެ.

    ]]>
    Thu, 04 Dec 2025 09:48:03 +0500 މުއާޒު
    ދެބަސްވުމުގެ ތެރެއިން އެއްބަސްވުމުގެ ހިއްވަރު އެމްޑީޕީގައި ހުންނާނެ! https://heerasnews.com/3719 https://heerasnews.com/3719 ދެބަސްވުމުގެ ތެރެއިން އެއްބަސްވުމަކަށް ރާއްޖޭގައި އާދެވޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ އެތެރޭގައިވެސް ބޭރުގައިވެސް ނުތަނަވަސްވާ އެތައް މައްސަލައެއް އަބަދުވެސް އޮވެއެވެ. ދެބަސްވުންތަކުގެ ތެރެއިން އެއްބަސްވެ މައްސަލަތަކާއެެކު އެންމެ ވަރުގަދަ ޕާޓީގެ ގޮތުގައި ދެގޮތެއްނުވެ އޮތް ޕާޓީއަކީ އެމްޑީޕީއެވެ. ތަފާތު ފިކުރާއެކު އެއް އަމާޒަށް ދަތުރު ކުރުމުގައި އަދިވެސް އޮންނާނެ ސިޔާސީ ޕާާޓީއަކީ އެމްޑީޕީއެވެ.

    ވަކި މީހަކު ބުނީމާ ބުނާހާ ގޮތަކަށް އެމްޑީޕީއެއް ނުހިނގާނެއެވެ. ނުވެސް ހިންގޭނެއެވެ. އެމްޑީޕީއަކީ ތަބަކަށްލާފައި މަގާމުދޭ ޕާޓީއެއް ނޫނެވެ. ހުރިހާ ފަށަލައެއްގައި ވެސް އެމްޑީޕީގައި ތިބޭނީ އިންތިހާބީ މީހުންނެވެ. ޕާޓީގެ ރައީސާއި، ޗެއާޕާސަނާއި ގައުމީ ހިންގާ ކޮމެޓީއާއި ގައުމީ މަޖިލީހުގައި ވެސް ތިބޭނީ އިންތިހާބީ މީހުންނެވެ. ކޮންމެ ދާއިރާއަކަށް ރައީސަކާއި ކޮންގްރެސްއިން އިންތިހާބުކުރާ 15 މެންބަރުން ހިމެނޭ ގޮތަށް ވާދަވެރި އިންތިހާބުތަކެއްގެ ތެރެއިން ގައުމީ މަޖިލީހެއް ހޮވާފައި އޮންނަ ޕާާޓީއަކީވެސް އެމްޑީޕީއެވެ.

    ޕާޓީގެ ރައީސްއާއި ޗެއަރޕާސަނަކީ ޕާޓީގެ ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ އިންތިހާބަކުން ހޮވާފައި ތިބޭ ބައެކެވެ. ގޮފިތަކުގެ ހިންގާ ކޮމެޓީއާއި ދާއިރާގެ ރައީސުންނަކީ އެބައެއްގެ ތެރޭގައި ބާއްވާ ވާދަވެރި އިންތިހާބުތަކުން ހޮވާފައި ތިބޭ ބައެކެވެ. ޕާޓީގެ އެތެރޭގެ ކޮމެޓީތަކަށް ވެސް މީހުން ކަނޑައަޅަނީ ގައުމީ މަޖިލީހަށް ހުށަހަޅާ ފާސް ކޮށްގެންނެވެ.

    އެމްޑީޕީގެ ކޮންމެ ފެންވަރެއްގެ ސިޔާސީ މަގާމަކީވެސް ކޮންމެ މެންބަރަކަށް ވެސް އިންތިހާބު ވެގެން އާދެވޭ ގޮތަށް ހުޅުވިފައިވާ މަގާމު ތަކެކެވެ. ޕާޓީގެ ރައީސް އާއި ޗެއާރޕާސަން ރުހުނަސް ނުރުހުނަސް ވާދަވެރި އިންތިހާބުތަކުގައި ވާދަކޮށްގެން ކޮންމެ ފެންވަރެއްގެ މަގާމަކަށް ކޮންމެ މެންބަރަކަށްވެސް އައުމުގެ ފުރުސަތު ތައްމިނަށް އެމްޑީޕީގައި ހުޅުވިފައިވެއެވެ. ޕާޓީގެ މަގާމުތަކަށް އިސްކުރާނެ މީހުން ނިންމާނީ އިންތިހާބުތަކުގައި މެމްބަރުންނެވެ. 

    އެމްޑީޕީ އަކީ ވަކި މީހެއްގެ މުށުތެރޭގައި ފިތިފައި އޮތް ޕާޓީއެއް ނޫނެވެ. އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކިބައެއްގެ ގަޔަށް ހެޔޮވަރަށް ފަހާފައިވާ ކޯޓެއްވެސް ނޫނެވެ. ވަކި މީހެއްގެ ނުވަތަ ވަކި އާއިލާއެއްގެ ބާރާއި ސިޔަާސީ ލެގަސީ ނަގަހައްޓާ ދަމަހައްޓަން މަސައްކަތްކުރާ ޕާޓީއެއްނުމެ ނޫންމެއެވެ. އެމްޑީޕީއަކީ ވަކި ބައެއްގެ ސިޔާސީ އައްޑަނައެއްވެސް ނޫނެވެ. އެފަދަ ގޮތަކަށް ބަޔަކު އަތްގަދަކޮށް އެމްޑީޕީ ހިސޯރުކުރާކަށް މެންބަރުން ފުރުސަތެއް ނުދޭނެއެވެ. އެމްޑީޕީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން މަވެތިކަން ދައްކަންއުޅޭ ނަމަ އެކަމާ ނުބެހެވޭނެ ހަމަ އެކަކުވެސް އެމްޑީޕީއަކު ނުހުންނާނެއެވެ.

    އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބޭނީ ފިސާރި މިނިވަން މެމްބަރުންނެވެ. އެ މީހަކު ދެކޭގޮތް ހާމަކުރަން ފަސްޖެހޭ އެކަކުވެސް ނުހުންނާނެއެވެ. ބޭނުން އެއްޗެއް ލިޔަންވެސް ލިޔާނެއެވެ. ކިޔަންވެސް ކިޔާނެއެވެ. ދިމާއަށް ބުނަންވެސް ބުނާނެއެވެ. އެއީ އެމްޑީޕީއެވެ. ސިއްރުކޮށް ފޮރުވާކަށް އޮތް އެއްޗެއް އެމްޑީޕީއަކު ނުއޮންނާނެއެވެ. ހިޔާލު ތަފާތުވުންތަކާ ވަޒަން ހަމަ ތިލަފަތާއެކު ރަންރީދޫ ކުލައިގައި އެންމެ ނަން ހިނގާ ޕާޓީގެ ގޮތުގައި 20 އަހަރު އެމްޑީޕީ ދެމިއޮތީ ދެބަސްވުމުގެ ތެރެއިން އެއްބަސްވުމުގެ ހިއްވަރު ހުރީމައެވެ. 

    ]]>
    Wed, 03 Dec 2025 22:30:55 +0500 މުއާޒު
    ރަސްމާލެ ހިއްކުމަކީ ލޫޓުވާލުމަށް ހިންގާ ބޮޑުސްކޭމެއް https://heerasnews.com/3717 https://heerasnews.com/3717 ފުށިދިއްގަރުފަޅުގައި އަށް މަސްތެރޭގައި ހިއްކާ ނިންމާނެކަމަށް ރައީސް ވިދާޅުވިއެވެ. ވިދާޅުވިގޮތަށް ރަސްމާލެ ނުހިއްކި ދެ އަހަރުވާން ދަނިކޮށް ދުނިޔޭގައި އޮތް އެންމެ ބޮޑު ޖައްރާފު ގެނެސްގެން މިހާރު އެވަނީ ރަސްމާލެ ހިއްކަން ފަށާފައެވެ. 

    ސަރުކާރުން ލޯލާރިއެއްވެސް ހަރަދުނުކޮށް ހިއްކާ ނިންމާނެ ކަމަށް ވިދާޅުވެ ރާޖޫ ކުންފުންޏާ ހަވާލުކުރީ އެތައް ހެކްޓަރ ބިމަކާ ލާޖައްސާފައެވެ. ވީގޮތެއްވެ އެއްބަސްވުން ބާތިލުކޮށް މުއާމަލާތް ދިޔަގޮތް ދެނަހުރި މީހަކުނެތެވެ. ގެއްލުމުގެ ބަދަލުގައި ދައުލަތަށް އަދާކުރަން ޖެހެނީ ކިހާވަރެއްގެ ކޮންޒިންމާއެއް ކަމެއްވެސް ނޭގެއެވެ. ޔަގީނުން ވެސް ރާޖޫ ކުންފުންޏާއެކުވީ އެއްބަސްވުން ބާތިލުކުރުމުން ދައުލަތުން އުފުލަންޖެހޭ ބޮޑު ޒިންމާއެއް ނެތިއެއް ނުދާނެއެވެ.

    އަތްގުޅިނުކާވަރުގެ ބޮޑު ލޯނެއް އެޗްޑީސީން ނަގައިގެން ބޭރުގެ ދެކުންފުންޏަކާއި ހަވާލުކޮށްގެން ރަސްމާލެ ހިއްކިމާ ސަރުކާރުން ލޯލާރިއެއްވެސް ހަރަދު ނުވަނީހެއްޔެވެ. ހަމަ ގައިމުވެސް އެޗްޑީސީއަކީ ސައްތައިންސައްތަ ސަރުކާރު ކުންފުންޏެކެވެ. އެޗްޑީސީން ކުރާ ކޮންމެ ހަރަދަކީ ސަރުކާރުން ކުރެވޭ ހަރަދެކެވެ. އެޗްޑީސީން ނަގާ ކޮންމެ ލޯނެއްގެ ޒިންމާއަކީ ސަރުކާރުން އުފުލަންޖެހޭނެ ޒިންމާއެކެވެ. 

    ރައްޔިތުންގެ ކަންބޮޑުވުމަކީ އެޗްޑީސީން ނުވަތަ ސީދާ ސަރުކާރުން ހަރަދު ކުރުމެއް ނޫނެވެ. ރައްޔިތުންގެ ކަންބޮޑުވުމަކީ އެހާ ބޮޑު ހަރަދެއްކޮށްގެން ރަސްމާލެ ހިއްކާ ހިއްކުމެވެ. ރަސްމާލެ ހިއްކުމަށް ކުރާ ބޮޑު ހަރަދުނުކޮށް ރައްޔިތުންނަށް ހިޔާވަހިކަން ހޯދާދެވެން އޮއްވާ އެކަން ނުކޮށް ރަސްމާލެ ހިއްކާ ހިއްކުމަކީ ރައްޔިތުންގެ ކަންބޮޑުވުމެވެ. 

    ސަރުކާރުން އެތައް ހަރަދެއްކޮށްގެން ހުޅުމާލެއާއި ގުޅީފަޅާއި ތިލަފުއްޓާއި ގިރާވަރުފަޅާއި އުތުރުތިލަފަޅުން އެތައް ހެކްޓަރެއްގެ ބިންއޮތީ ހިއްކާފައެވެ. އެތަންތަނަކީ ފަސޭހަކަމާއެކު މާލެއާއި ގުޅާލެވެން އޮތްތަންތަނެވެ. ރައީސް މުއިއްޒު ވެރިކަމަށް އެރިއިރު ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން މާލޭގެ ރައްޔިތުންނަށް 9 ހާހަށްވުރެ ގިނަ ގޯތި އޮތީ ދީފައެވެ. އެ 9ހާސް ގޯއްޗަށް ބޭނުންވާ ބިމުހެ ތެރެއިން އެންމެ ހަސަތޭކަ ގޯތިނޫން ހުރިހާ ގޯއްޗަކަށް ބޭނުންވާ ބިން އޮތީ ހިއްކާފައެވެ. އަނެއްކޮޅުން ބިންވެރިޔާ ސްކީމްގެ ދެވަނަ ބުރެއް އުތުރުތިލަފަޅުން ހިއްކި ބިމުން ގޯތި ދިނުމަށް އޮތީ އިއުލާނުކޮށްފައެވެ. 

    ވެރިކަމަށް އިސްވުމާއެކު މުއިއްޒު ކުރައްވަން އޮތް ފުރަތަމަ ކަމަކީ ނުހިކި އޮތް 600 ގޯއްޗަށް ބޭނުންވާ ބިން ހިއްކާ ގޯތިތައް ހަވާލުކޮށްލުމެވެ. އެއާއިއެކު ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅުން ހިއްކި ބިމުން ގޯތި ދީފައިވާ ސަރަހައްދުގެ މަގުތައް ހަދާ، ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމެވެ. ސްކޫލާއި މިސްކިތާއި އެނޫންވެސް އިޖުތިމާއީ އަސާސީ ހިދުމަތްތައް ގާއިމުކުރުމެވެ. ބިންވެރިޔާ ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން އުތުރުތިލަފަޅުން ހިއްކި ބިމުން ގޯތި ހޯދަން އެދިފައިވާ މީހުނަށް ގޯތި ދިނުމެވެ. އުތުރުތިލަފަޅާއި ގިރާވަރުފަޅާ ހަމައަށް ބްރިޖުން ގުޅާލުމެވެ. 

    ފުށިދިއްގަރުފަޅު ހިއްކައިގެން ކަނޑުއަޑީ ޓަނަލަކުން މާލެއާ ގުޅާލާ ރަސްމާލޭގެ ނަނާ ހުވަފެން ދެއްކުމަށްވުރެ ކުރެވޭވަރުގެ ކަމެއްކޮށްގެން ނަތީޖާ ނެރެދޭން އުޅުނުނަމަ މިހާރު އޮތީހީ އެތައްހާސް ބަކަށް ހިޔާވަހިކަން ލިބިފައެވެ. ދަރާވިކިގެން ދުނިޔޭގެ އެންމެ ބޮޑު ޖައްރާފު ގެނެސްގެން ހިއްކާ ރަސްމާލެއަކުން ރަަައްޔިތަކަށް އައުވާ އުންމީދެއްނެތެވެ. ޒަމާންތަކަކަށް ގައުމު ދަރުވާލައިގެން ރަސްމާލެ ހިއްކުމަކީ ލޫޓުވާލުމަށް ހިންގާ ބޮޑުސްކޭމެއް ކަމަށް ދެކެނީ މަދު ބަޔަކު ނޫނެވެ.  

    ]]>
    Wed, 03 Dec 2025 08:30:18 +0500 މުއާޒު
    ވަފާތެރިވުމުގެ އިނާމް ފައިސަލް ނަސީމަށް https://heerasnews.com/3716 https://heerasnews.com/3716 ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން ކުރީގެ ރައީސުންނަށް ދައުލަތުން އޮފީސް ހިންގުމުގެ ހަރަދާއި ހުންނެވުމުގެ ހަރަދާއި ރާއްޖެއިން ބޭރުންނާއި ރާއްޖެއިން ބޭސްފަރުވާއާއި ރައްކާތެރިކަމާއި މާލީ އިނާޔަތް މިހާތަނަށް ލިބި ވަޑައިގަތެވެ. އެހެން ނަމަވެސް އެއްވެސް ގާނޫނެއްގެ ދަށުން ކުރީގެ ނައިބު ރައީސުންނަކީ ދައުލަތުން އެއްވެސް އިނާޔަތެއް މިހާތަނަށް ލިބިވަޑައިގެން ބޭފުޅުންނެއް ނޫނެވެ.

    ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް މިޙާރުވަނީ ގެނަސްފައެވެ. ގެނައި އިސްލާހުތަކާގުޅިގެން ކުރީގެ ރައީސުންނަށް ދައުލަތުން ކުރާ ހޭދަ ވަރަށް ބޮޑުތަނުން ވަނީ ކުޑަވެފައެވެ. ކުރީގެ ރައީސުންނަށް ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރި ނަމަވެސް މިހާތަނަށް ދައުލަތުން އެއްވެސް އިނާޔަތެއް ލިބިވަޑައި ނުގަންނަވާ ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭގޮތަށް ގާނޫނަށްވަނީ އިސްލާހު ގެނެސްފައެވެ. އެގޮތުން ކޮންމެ މަހަކު 30،000ރ. އާއި ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ކުރީގެ ނައިބު ރައީސުނަށް ދައުލަތުން ހަމަޖެހިގެން ދާނެއެވެ. ގާނޫނުގެ ދަށުން އިނާޔަތް ލިބޭނީ ފަސް އަހަރުގެ ރިޔާސީ ދައުރެއް ފުރިހަމަ ކުރައްވާފައިވާ ނައިބު ރައީސުންނަށް އެކަނި ކަމަށްވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

    ރާއްޖޭގައި 2007 ވަނަ އަހަރު އަމަލު ކުރަން ފެށި ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި މިހާތަނަށް ހަ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވައިފިއެވެ. ރައީސް ނަޝީދުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދެވެ. ރައީސް ވަހީދުގެ ނައިބު ރައީސަކީ މުހައްމަދު ވަހީދުއްދީނެވެ. ރައީސް ޔާމީނުގެ ނައިބު ރައީސުންގެ ގޮތުގައި ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އަހުމަދު އަދީބާއި އަބްދުއްލާ ޖިހާދު ތިއްބެވިއެވެ. ރައީސް ސޯލިހުގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވީ ފައިސަލް ނަސީމެވެ. 

    ކުރީގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅުން ތިއްބެވި ނަމަވެސް އެބޭފުޅުންގެ ތެރެއިން މަގާމުގައި ފުރިހަމަ ރިޔާސީ ދައުރެއް ފުރިހަމަ ކުރެއްވުނު ހަމަ އެކަނި ބޭފުޅަކީ ރައީސް ސޯލިހުގެ ނައިބު ރައީސް ފަައިސަލް ނަސީމެވެ. އެއްވެސް އެހެން ބޭފުޅަކަށް މަގާމުގައި ރިޔާސީ ދައުރެއް ފުރިހަމައެއް ނުކުރެއްވުނެވެ. އެހެންކަމުން ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން މާލީ އިނާޔަތާއި ރާއްޖެއިން ބޭރުންނާއި ރާއްޖެ އިން ސިއްހީ ހިދުމަތް ލިބިވަޑައިގަންނަވާނެ ހަމައެކަނި ބޭފުޅަކީ ރައީސް ސޯލިހުގެ ނައިބު ރައީސް ފަައިސަލް ނަސީމެވެ. ފައިސަލް ނަސީމަށް އެލިބިވަޑައިގަތީ ވަފާތެރިވުމުގެ އިނާމެވެ.

    ]]>
    Tue, 02 Dec 2025 09:47:24 +0500 މުއާޒު
    ތުޅާދޫ ސްޕޯޓްސް ކްލަބު ގުރުއާން މުބާރާތް ނިމުން ޝަރަފުވެރި ކޮށްދެއްވަނީ ފައިސަލް ނަސީމް https://heerasnews.com/3715 https://heerasnews.com/3715 ތުޅާދޫ ސްޕޯރޓްސް ކުލަބުން 2003 ވަނަ އަހަރުން ފެށިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ ގުރްއާން މުބާރާތުގެ ތެރެއިން މި އަހަރު ބޭއްވުނު "ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ޤުރުއާން މުބާރާތް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު ހަވީރު ތުޅާދޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

    ފައިސަލް ނަސީމަކީ ދީނީކަންކަން ކުރިއެރުވުމަށް ވަރަށް ބޮޑަށް މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކާށިދޫ ދާއިރާ އާއި ފުވައްމުލަކަށް އަމާޒުކޮށްގެން ސިލްސިލާ ދީނީ ދަރުސްތަކެއް ވަނީ ބާއްވާ ދެއްވާފައެވެ. ފުވައްމުލަކާއި ކާށިދޫ ދާއިރާ ހިމެނޭހެން 5 ގުރުއާން ކުލާހެއް ވަނީ ގާއިމް ކުރައްވާފައެވެ. 1 ވަނަ އަންނަ ފަރާތަކަށް އުމްރާ ދަތުރެއް ދޭގޮތަށް، ކާށިދޫ ދާއިރާ އާއި ފުވައްމުލަކުގައި 7 ގުރުއާން މުބާރާތެއް ވެސް ފައިސަލް ވަނީ ބާއްވާ ދެއްވާފައެވެ.

    ފައިސަލް ނަސީމް ތުޅާދުއަށް ވަޑައިގެން ޝަރަފުވެރިކޮށްދެއްވާ "މި މުބާރާތަކީ ބ.ތުޅާދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ގުރްއާން ކިޔެވުމަށް ލޯބިޖެއްސުމާއި، ގުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ގުރްއާން ކިޔެވުމަށާއި، ކީރިތި ގުރްއާނުގެ ޢިލްމު އުނގެނުމާއި އަދި އުނގަންނައިދިނުމުގެ ރޮނގުން ކުރިއަށް ދިއުމަށް ހިތްވަރުދިނުމުގެ އިތުރުން ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ އަދި ބައިނަލްއަގުވާމީ މުބާރާތްތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް އުފެއްދުމުގެ މާތް މަގުސަދުގައި ތުޅާދޫ ސްޕޯރޓްސް ކުލަބުން 2003 ވަނަ އަހަރު ބާއްވަންފެށި މުބާރާތެއް" މީޑިއާ ކޯޑިނޭޓަރ ޢަބްދުއްލާ ސިރާޖު ވިދާޅުވީއެވެ.

    ކުލަބުގެ އިދާރާ ބްލޫސްޓަރ ގައި 196 ބައިވެރިންނާއިއެކު 20 ނޮވެމްބަރ އިން 22 ގެ ނިޔަލަށް  ކުރިއަށް ދިޔަ މި އަހަރުގެ ގުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ވަޑައިގަތުމަށް ނާއިބު ރައީސް ފައިސަލަށް ލިބިވަޑައިގެންނެވި ދަޢުވަތު ގަބޫލުކުރައްވާ އެމަނިކުފާނު ތުޅާދޫއަށް ވަޑައިގަންނަވާ ގޮތަށް ވަނީހަމަޖެހިފައެވެ. މި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ 02 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ ރޭ 08:00 ގައި ތުޅާދޫ ސްކޫލްގެ މަލްޓިޕާރޕާސް ހޯލުގައެވެ.

    އާރލީ ފައުންޑޭޝަން ސްޓޭޖްގެ ބައިވެރިންނަށް މުބާރާތުގައި ބައިވެރިވި ކަމުގެ ހަނދާނީ ލިޔުން، ފައުންޑޭޝަން ސްޖޭޖް، ކީ ސްޓޭޖް 1، ކީ ސްޓޭޖް 2، ކީ ސްޓޭޖް 3، ކީ ސްޓޭޖް 4، ކީ ސްޓޭޖް 5 އަދި 19 އަހަރުން މަތީގެ ކެޓަގަރީއިން މުބާރާތުގެ ފޮތުން އަދި ހިތުން ކިޔެވުމުގެ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހާސިލުކުރާ ބައިވެރިންނަށް ހަނދާނީ ލިޔުން އަދި ޓްރޮފީ، ފޮތުން އަދި ހިތުން ކިޔެވުމުގެ ބައިން މުޅިމުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހާސިލުކުރާ ބައިވެރިންނަށް ހަނދާނީ ލިޔުން އަދި ޓްރޮފީ، ފޮތުން  ކިޔެވުމުގެ ބައިން އަދި ހިތުން ކިޔެވުމުގެ ބައިން މުޅިމުބާރާތުގެ 1 ވަނަ ހާސިލުކުރާ 2 ބައިވެރިންނަށް ކުލަބުގެ ބާނީ އަލްމަރްހޫމް މުހައްމަދު އަބޫބަކުރު (ކުޑަބެ)، ކަންމަތީގެ، ބ.ތުޅާދޫ ގެހަނދާނުގައި ދެވޭ ވާދައިގެ އައްޑަނަ ހަވާލުކުރުން ވެސް މި ރަސްމިއްޔާތުގައި އޮންނާނެއެވެ.

    މީގެ އިތުރުން، މިކުލަގަދަ ރަސްމިއްޔާތުގައި ކީރިތި ގުރުއާންކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި ވާދަކޮށް ތުޅާދޫއަށް ރީތި ނަން ހޯދައިދިން ތުޅާދޫ ސްޕޯޓްސް ކުލަބުގެ ފަރާތުން ބައިވެރިވި މުހައްމަދު އާރިކު އަހުމަދު ސޯލިހާއި ތުޅާދޫ، ރަވްލަތުލް އަތުފާލި ޤުރްއާން ކުލާހުން ބައިވެރިވި އަލްމާ އަހުމަދު އަސްލަމްގެ ކާމިޔާބީގެ އަގުވަޒަންކުރުމުގެ ހިތްވަރުގެ ފިލާ އަދި ކުލަބުގެ 48 އަހަރުގެ ދިގު ތާރީހުގައި ހާސިލުކުރި މަތީ ފެންވަރުގެ ގައުމީ  ކާމިޔާބީގައި ސާމިލުވި އިހުލާސްތެރި ހިދުމަތްތެރި ހިއްސާދާރުންނަށް ޝުކުރުގެ ފިލާ ހަވާލުކުރުން ވެސް އޮންނާނެއެވެ.

    ]]>
    Tue, 02 Dec 2025 08:03:00 +0500 މުއާޒު
    ރައީސް ނަޝީދާއި ރައީސް ވަހީދަށް އިނާޔަތް ނުދޭން ފާސްކޮށްފި! https://heerasnews.com/3714 https://heerasnews.com/3714 ކުރީގެ ރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޑރ. މުހައްމަދު ވަހީދަށް ކުރީގެ ރައީސުންނަށްދޭ އިނާޔަތް ލިބިވަޑައިނުގަންނަވާ ގޮތަށް ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނު އިސްލާހު ކޮށްފިއެވެ.

    މިހާރު ގާނޫނު ބުނާ ގޮތުން ކުރީގެ ރައީސުންގެ ތެރެއިން މާލީ އިނާޔަތް ލިބި ވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށެވެ. އެހެން ކަމުން ދައުރެއްގެ ރައީސްކަން ނުކުރައްވާތީ ރައީސް ނަޝީދާއި ރައީސް ވަހީދަށް ދައުލަތުން ކުރީގެ ރައީސުންނަށްދޭ މާލީ އިނާޔަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. 

    ރައީސުލްޖުމްހޫރިއްޔާކަން އެއް ދައުރު ކުރައްވާފައިވާ ބޭފުޅަކަށް މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދައުލަތުން ދޭން ވާނެ ކަމަށް އިސްލާހުގައި ބުނެއެވެ. ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމުގެ ގާނޫނަށް ގެނައި އިސްލާހުގައި އެއް ދައުރަށް ވުރެ ގިނަ ދައުރު އަދާކުރައްވާފައިވާ ބޭފުޅަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 75,000ރ. ދައުލަތުން ދޭން ވާނެކަމަށް ބުނެފައިވެއެވެ.

    އެހެން ނަމަވެސް ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ކޮންމެ މަހަކު 50,000ރ. އާ ހަމައަށް ދައުލަތުން ފައިސާ ހަމަޖައްސައިދޭން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން ރައީސް ނަޝީދާއި ރައީސް ވަހީދަށް ވެސް ދިރިއުޅުއްވާނެ ތަނަކަށް ހިނގާ ހުރިހާ ހަރަދުތައް ހަމަޖެއްސުމަށް ދައުލަތުން ފައިސާ ލިބިވަޑައިގަންނަވާނެއެވެ. 

    ގާނޫނަށް އައި ބަދަލާ ގުޅިގެން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ރައީސަކަށް ދައުލަތުން މަހަކު ލިބި ވަޑައިގަންނަވާނީ ގިނަވެގެން އެއްލައްކަ ރުފިޔާއެވެ. ދެ ދައުރު ދައުރު ރައީސްކަން ކުރައްވާފައިވާ ރައީސަކަށް ގިނަ ވެގެން މަހަކު ލިބި ވަޑައި ގަންނަވާނީ 125000.00 ރުފިޔާއެވެ. 

    ކުރީގެ ރައީސުންގެ އޮފީސް ހިންގުމުގެ ހަރަދަށް ދައުލަތުގެ ބަޖެޓުން ކޮންމެ މަހަކަށް ދޭ ފައިސާ ދިނުން ގާނޫނަށް ގެނައި އައު އިސްލާހުގެ ދަށުން ނިމުމަކަށް އައީއެވެ. އަނެއްކޮޅުން ކުރީގެ ރައީސަކު ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ އެ ނޫން މަގާމެއް އަދާކުރައްވާ ނަމަވެސް އެ މުއްދަތަށް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައެއް ނުގަންނަވާނެއެވެ. 

    ]]>
    Mon, 01 Dec 2025 15:42:49 +0500 މުއާޒު
    ރޫޅާލަންވަދެ ދޮންކަޅު އަންގާނުލާ ބާކީކޮށްލާލެއް ކިހާމޮޅު! https://heerasnews.com/3713 https://heerasnews.com/3713 އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގެއްލުނު ހިސާބުން ސަރުކާރު ޖަވާބުދާރީ ކުރުވަން އެމްޑީޕީ އެކަތިގަނޑަކަށް ވުމުގެ ވާހަކަ ނިކަން ބާރަށް ދެއްކިއެވެ. ބޮޑު ދެ އިންތިހާބު ގެއްލުނަސް އެއް ލީޑަރެއްގެ ފަހަތުގައި ގުޅިގެން ސަރުކާރު ޖަވާބުދާރީކުރުމަށް މަސައްކަތް ނުކޮށް އެމްޑީޕީ މިސްރާބު ހިފާފައިހުރީ އެހެން ދިމާއަކަށެވެ. އެމްޑީޕީއަށް ވެރިކަން ގެއްލި މަޖިލިސް ގެއްލުނު އިރު ހިތްވަރާއެކު އެމްޑީޕީގައި ތިބި މީހުންގެތެރެ ބައިބައި ވިޔަނުދީ ހިފެހެއްޓުމަށް ގުޅިގެން މަސައްކަތެއް ނުކުރެއެވެ. ވާހަކަ ދައްކައިގެން އެއްގަލަކަށް އެރުމަށް މަސައްކަތެއް ނުކުރެވެއެވެ.

    އެމްޑީޕީގައި ތިބި މީހުންގެތެރެ ބައިބައި ވިޔަނުދީ ހިފެހެއްޓުމަށް ވުރެ ބޮޑަށް އިސްކަން ދިނީ ރޫލާލަން ނިކުތް މީހުން އެތެރެ ކުރުމަށެވެ. ބޮޑު ދެ އިންތިހާބު އެމްޑީޕީއަށް ގެއްލުމުގެ ސަބަބު މެދުވެރިކުރި މީހުން އަނބުރާ އެމްޑީޕީގެ ތެރެއަށް ގެނައުމަށް ހުރީކީ އަމަށަކު ފޯރިއެއް ނޫނެވެ. އެމްޑީޕީ އެކަތިގަނަޑަކަށް ހެދުމަށްޓަކައި އެމްޑީޕީ ރޫޅާލަން އެމްޑީޕީއާއި ވަކިވެގެން ދިޔަ މީހުން ކޮންމެހެންވެސް ނުގެނެސް އެކަތި ގަނަޑަކަށް ވާން އޮތް ކަމަކަށް ނުވިއެވެ.

    ރޫޅާލަން ނިކުތް މީހުން ރޫޅާލަން ނިކުތީ ބަރުލަމާނީ ޖަޒްބާތުގައި ވަކި މީހަކަށް ބާރުވެރިކަން ނުލިބުމުންކަން ހަމަ ރަނގަޅަށް އެނގޭނެއެވެ. ފުޅުވަކަށް ނެތް ވެރިކަމެއް އެމްޑީޕީގައި އޮތުމަކަށް ފުލު ވަކު ޓީމު ބޭނުން ނުވާނެކަން ވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. ސިޔާސީ ގޮތުން އަރާނެ ގެ ހުސްވެފާ ތިއްބާ އެމްޑީޕީން ޒައިތޫނި ފަތްކޯޅި ދިއްކޮށްލުމުން ޝަރުތެއްނެތި އެނބުރި އައީ ދަނަޑިވަޅުބަލާ އެނގަކުރި ހިފަންކަން ނޭގުނުކަމީ ދެރަކަމެކެވެ. 

    އެންމެ ފަހުން އޮތް އެމްޑީޕީ ސަރުކާރުގައި އިސްކޮށް އުޅުނު މީހުންގެ ތެރެއިން ރޫޅާލަން ނިކުތް މީހުންނާ ބައިއަތު ނުހިފާ މީހުނަށް އެކިޒާތުގެ ނުބައި ތުހުމަތުތައް އަޅުވާ ބަދުނާމް ކުރުމުގައި މިހާރުވެސް ފުލުވަކު ޓީމް ރޭނިދި ނުނިދައެވެ. ހިނގަމުންދާ ސަރުކާރުގެ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދެއްކުމަށްވުރެ ކުރީ ސަރުކާރުގެ ނުބައި ވާހަކަ ފުލުވަކު ޓީމުން ދައްކާލެއް މިހާރުވެސް މާ ގިނައެވެ. އެކަމަކު އެނބުރިއައީ އެމްޑީޕީ އެކަތިގަޑަކަށް ހަދާށޯލާއެވެ.

    ރަނގަޅު ތިން ފަޅިއަށް އެމްޑީޕީ ފަޅައިގެން ދިޔަ ވަގުތުބަލާ އެނބުރިއައިސް ހިންގާލަށް އައި ޗެއަރޕާސަނަށް ބައިއަތުހިފާ ރަނަގަޅަށް ފިކުރެއް ދިރުވާލި ގޮތުން އޭނާގެ އަތުގައިއޮތް ހިންގުމުގެ ބާރުވެސް ރީތި ގޮތުގައި ދުއްވާލީއެވެ. ހުރިހާވެސް ބޭނުމަކީ ފުޅުވަކު ޓީމަށް ބާރުނެގުމެވެ. ހިންގާލަން އައި ބްރޯ ހައިސިއްޔަތެއް ނެތި ބާކީކޮށް ދަނޑުން ބޭލިލެއް ކިހާ މޮޅުހެއްޔެވެ. 

    ]]>
    Mon, 01 Dec 2025 13:13:45 +0500 މުއާޒު
    ދެ އާޒިމް ވަރަށް ތަފާތު: ވޯޓު ދޭނީ ކާކަށް! https://heerasnews.com/3708 https://heerasnews.com/3708 އެމްޑީޕީގެ މެންބަރުންނަށް ދެ އާޒިމްގެ ތަފާތު މިނެލާކަށް މާ އުނދަގުލެއް ނުވާނެއެވެ. މާލޭ މޭޔަރަކަށް ހޮވަން ޕާޓީ ޓިކެޓް ދޭންވީ ކޮން އާޒިމަކަށް ކަން އޮޅުމެއްނެތި އެނގޭވަރަށް ދެ އާޒިމް ތަފާތެވެ. ދެ އާޒިމުންކުރެ އެއް އާޒިމަކީ ވެސް އެމްޑީޕީ އުފެދުނީއްސުރެ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބި ބައެއް ނޫނެވެ. ވަޒަންކުރުމުގައި އެމީހެއްގެ ފުށުން އެމްޑީޕީއަށް ކޮށްފައިވާ ފައިދާ އާއި ލިބިފައިވާ ގެއްލުން ދެނެ ނުގަނެވޭހާ އެމްޑީޕީ މެންބަރުން މޮޔައެއް ނުވާނެއެވެ. 

    އަލީ އާޒިމް އެމްޑީޕީއާ ފުރަތަމަ ގުޅުނީ ޑީއާރުޕީ ރޫޅިގެން އެމްޑީޕީއަށް ގުޅުނު މީހުންގެ ތެރެއިން މީހެއްގެ ގޮތުގައެވެ. އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގައި މަސައްކަތްތަކެއް ކުރުމަށްފަހު އެމްޑީޕީ ޕީޖީލީޑަރގެ ހައިސިއްޔަތުގައި ހުރެ އިދިކޮޅަށްވުރެ އިދިކޮޅު ވެގެން އުޅުމަށް ފަހު އެމްޑީޕީ ރޫޅަންލަން ނިކުތް މީހުންގެ ތެރޭގައި އަލީ އާޒިމް ހިމެނި އެމްޑީޕީ ދޫކޮށްލީ އެމްޑީޕީއަކީ ވަގުންގެ ނެޓްވޯކެއް ކަމުގެ ހުތުރު ނަން އެޅުވުމަށް ފަހުގައެވެ. އެމްޑީޕީ ނޫން ގޮތެއް ހޯދަން ހުއްޓާނުލާ މަސައްކަތްކޮށް އެމްޑީޕީއަށް ވެރިކަން ގެއްލުވާލާ ޕީއެންސީއަށް ވެރިކަން ހޯދައިދިނުމުގައި އިސްރޯލެއް އަލީ އާޒިމް އަދާކުރިއެވެ.

    އެމްޑީޕީގެ ތާރީހުގައި އެމްޑީޕއަށް ވެރިކަން ގެއްލުނު ދެ ފަހަރުމެ ވެރިކަން ގެއްލުވާލުމުގައި އަލީ އާޒިމްގެ ދައުރު ވަރަށް ބޮޑެވެ. ރައީސް ނަޝީދު ވެރިކަމުގައި އެމްޑީޕީއަށް ވެލިކާންދޭން އެންމެ އިސްކޮށް އުޅުނު އެކަކީވެސް އަލީ އާޒިމެވެ. ޑީއާރުޕީ ރޫޅިގެން ބަޔަކު އެމްޑީޕީއަށް ލައްވެ ޑީއާރުޕީގެ ފެކްޝަނެއް އެމްޑީޕީގައި އޮތިއްޔާ އެފެކްޝަނުން އަލީ އާޒިމަށް ބަރީއަ ނުވެވޭނެއެވެ. އެމްޑީޕީއާ ދެކޮޅަށް އަލީ އާޒިމް ދެފަހަރު މަތީން ކުރިކަންތަކާއި ދެއްކި ވާހަކަތައް ވުޖޫދުގައި އަދިވެސް ފާޅުކޮށް ފެންނަން އެހުރީއެވެ. ކިތަންމެ ހެޔޮ ނިޔަތެއްގައި އަލުން އެނބުރި އަޔަސް ކުރި ޒަހަމުން ލީފާރުތައް ފަސޭހަނުވެ އެވޭނީ އާހުން އެމްޑީޕީ އަދިވެސް އަރައި ނުގަނެއެވެ. 

    ދެން ހުރީ އާދަމް އާޒިމެވެ. އާދަމް އާޒިމް ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ ކުރަން ހަވާލުކުރެވޭ މަސައްކަތެއް ކާމިޔާބު ކަމާއެކުކޮށް ނަތީޖާ ނެރެދޭ މީހެއްގެ ގޮތުގައެވެ. އާދަމް އާޒިމް އެމްޑީޕީއާއި ގުޅުނީ ރައީސް ސޯލިހުގެ ވެރިކަމުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެ ރައީސް ސޯލިހު ސަރުކާރުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްދިނުމަށް ފަހުގައެވެ. ޖުމްހޫރީ ޕާޓީ ދޫކޮށްލާފައެވެ. އެމްޑީޕީ އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް އާދަމް އާޒިމްގެ ފުށުން ކުޑަވެސް ގެއްލުމެއް އުދަގުލެއް ލިބިފައެއް ނެތެވެ. އާދަމް އާޒިމްގެ ފުށުން އެމްޑީއަށް ލިބިފައިވަނީ ކަމިޔާބީތަކާއި ރީތިނަމެވެ. 

    ރައީސް ސޯލިހު ވެރިކަމުގައި ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ރާއްޖޭގެ ރަށްރަށުގައި ހިންގި ކާމިޔާބު ގިނަ މަޝްރޫއުތައް ހިންގީ ސީދާ އާދަމް އާޒިމްގެ ބެލުމުގެ ދަށުންނެވެ. އެތައް ރަށެއްގެ ބަނދަރުތައް ހެދިއެވެ. ބޭރު ތޮށިތައް ޖަހާ ގޮނޑުދޮށް ހިމާޔަތްކޮށް ރަށްރަށް ވެލިން މުއްސަނދިކޮށް ދިނުމުގެ ކާމިޔާބު އެތައް ޕްރޮޖެކްޓެއް ނިންމާ ރައްޔިތުން އުފަލުން ފޮޅުވާލަ ދިނެވެ. ރާއްޖޭގެ އެތައް ރަށެއްގެ މަގުތައް ހަދާ ފެން ހިންދާ ނިޒާމު ގާއިމުކޮށް ދިނުމުގައި ރެއާއި ދުވާލު މަސައްކަތް ކުރިއެވެ.

    ބިން ހިއްކުމުގެ ބޮޑެތި އެތައް މަޝްރޫއެއް ހިންގާ އެއަރޕޯޓް އެޅުން ފަދަ ބޮޑެތިކަންކަން ކުރުމުގައި އާދަމް އާޒިމް ވަރެއް ނެތެވެ. ރާއްޖޭ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް މުޅި ރާއްޖެއަށް ތަޢާރަފްކޮށް ބޮޑެތި ރަށްރަށުގައި ޒަމާނީ ބަހުގެ ހިދުމަތް ދޭންފެށިއެވެ. ކަނޑު މަގުން ހައިސްޕީޑް ފެރީގެ ހިދުމަތް ރާއްޖޭގެ އެތައް އަތޮޅެއްގައި ފައްޓާ ދަތުރު ފަތުރުން މުޅި ރާއްޖޭ ގުޅާލުމުގެ މަސައްކަތް ފައްޓާ ހިންގަން ފެށިއެވެ. 

    އެމްޑީޕީ ތަމްސީލުކުރަން މާލޭ މޭޔަރުކަމުގައި އާދަމް އާޒިމް ހުރެގެން މާލެ އަމާން ހިތްފަސޭހަ މާލެއަކަށް ބަދަލުކޮށްލުމަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ގިނަ ކަންތައް ތަކެއް ކޮށްފިއެވެ. މާލޭ ސަރަހައްދުގައި އާދަމް އާޒިމްގެ މޭސްތިރިކަމުގައި ކުރަމުންދާ ކާމިޔާބު މަސައްކަތުގެ ވާހަކަ މީހަކު ދައްކަން ނުޖެހޭ ވަރަށް ސާފުކޮށް އެހުރީ ފެންނާށެވެ. މާލޭގައި ފެން ބޮޑުވުން ހައްލުކުރުމާއި ބުޅާ ފެސިލިޓީއާއި އައު ސަހަރާ މިސްކިތް ފަދަ ބޮޑެތި ކަންކަންކޮށް ކުރު މުއްދަތެއްގައި އާދަމް އާޒިމް ނަތީޖާ ދައްކައިފިއެވެ. 

    ]]>
    Sun, 30 Nov 2025 12:45:13 +0500 މުއާޒު
    މުއިއްޒު ދެންމެވި މިނިވަންކަމުގެ ރަތްރޮގަކީ ޖެއްސި ގުއިރޯނެއް: ޝާހިދު https://heerasnews.com/3712 https://heerasnews.com/3712 ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ދިވެހިރާއްޖެ އަޅުވެތިވެ، މިނިވަންކަން ގެއްލިފައިވާ ކަމަށް ވިދާޅުވެ، ދިވެހިީންގެރާއްޖެ މިނިވަން ކޮށްދެއްވާނެކަމުގެ ވައުދުވެވަޑައިގަންނަވަމުން ކަމަށް ކުރީގެ ހާރިޖީ ވަޒީރު ވިދާޅުވެއެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް ދެއަހަރު ފުރުމާ ދިމާކޮށް ލިޔުއްވާފައި ލިޔުއްވުމެއްގައި އޮނަރަބަލް ޝާހިދު ވިދާޅުވެފައިވަނީ ފިސާރި ފުޅާކޮށް މިނިވަންކަމުގެ ރަތް ރޮނގެއް ދަންމަވާ ލައްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ. 

    އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ތިބި ކަމަށާއި، އެތަން އޮތީ އިންޑިއާގެ އަޅުވެތިކަމުގައި ކަމަށާއި އުތުރު ތިލަފަޅު އެއްބަސްވުން ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވަމުން ގެންދަވާފައިވާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. އައްޑޫގައި އިންޑިއާގެ އެހީތެރިކަމާއެކު ބިނާކުރި ޕޮލިސް ޓްރެއިނިން ސެންޓަރަކީ އިންޑިއާ ސިފައިންގެ މަރުކަޒެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވަނީ ދިވެހި ރައްޔިތުންގެ ވިސްނުން ތަގައްޔަރު ކޮށްފައި ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ. 

    އިސްވެދިޔަ ކަންކަމާހުރެ ރާއްޖެ އިންޑިއާއަށް އަޅުވެތިވެފައިވާކަމަށް ވިދާޅުވަމުން ދިވެހިރާއްޖޭ މިނިވަން ކަމުގެ ދިފާއުގައި ރަތްރޮގެއް ދަންމަވާލާ ލެއްވުމަށް ރައީސް މުއިއްޒު ވައުދުވެ ވަޑައިގަތްކަން ހަނދާނަށް ގެނެސް ދެއްވަމުން ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ވެގެންދިޔައިރު ނަތީޖާއަކީ ކޮބައިތޯ ވިދާޅުވެ އޮނަރަބަލް ޝާހިދު ސުވާޅު އުފެއްދެވިއެވެ. 

    ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅުގައި އޭރު ވެސް ތިބި އިންޑިއާ މީހުން މިއަދުވެސް އެބަތިބި ކަމަށެވެ. އުތުރު ތިލަފަޅު އަޅުވެތި ކޮށްގެން އެތަނުގައި އިންޑިއާ ސިފައިން އެއްވެސް އިރަކު ނެތް ކަން މިއަދު ހުދު ރައީސް މުއިއްޒު ވެސް ގަބޫލުކުރައްވާފައިވާކަމީ ހަގީގަތްކަން ހާމަވެގެން ހިނގައްޖެކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ. އުތުރުތިލަފަޅަކީ އިންޑިއާގެ ތަނެއްކަމަށް ވިދާޅުވެ ރައީސް މުއިއްޒު ހައްދަވާފައިވާ ދޮގުތަކުގެ އަސްލު ހަގީގަތް ފާޅުވެއްޖެ ކަމަށް ޝާހިދު ވިދާޅުވިއެވެ،

    ވެރިކަމުގެ ފުރަތަމަ ދުވަހު ހާމަކުރައްވާނެކަމަށް ވިދާޅުވި އުތުރު ތިލަފަޅު އެއްބަސްވުން އަދިވެސް އޮތީ ތިޖޫރީގައި ރައްކާކޮށްފައި ކަމަށާއި ދައުލަތުން އެއްބަސްވާ ހުރިހާ އެއްބަސްވުމަކީ އެއެއް މިއެއް ބެލުމެއްނެތި ހާމަ ނުކުރެވޭނެ އެއްބަސްވުންތަކެއްކަން އެނގި ހުންނަވާމެ، ޑިޕްލޮމެޓިކް ހަގީގަތްތައް އޮޅުވާލައްވާ، ރައީސް މުއިއްޒު ހެއްދެވި ބޮޑު ދޮގު މިއަދު މިއޮތީ ދިވެހިރައްޔިތުންނަށް ހާމަކަން ބޮޑުކޮށް ފެންނަންކަމަށް ޝާހިދު ވިދާޅުވިއެވެ. ވެރިކަން ހޯއްދެވުމުގެ ބޭނުމުގައި، އައްޑޫ ޕޮލިސް ޓްރެއިން ސެންޓަރަކީ އިންޑިއާ ސިފައިންގެ މަރުކަޒެއް ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދެއްކެވިހާ ވާހަކަތަކުގެ އަސްލު ހަގީގަތް ސާފުކޮށް ފެންނަން އޮތުމުން ވެރިކަމަށް ދެ އަހަރު ފުރިގެންދިޔައިރު، ފެންނާން އޮތް ހަގީގަތަކީ ދަންމަވާ ލައްވާނެކަމަށް ވިދާޅުވި ރަތް ރޮނގަކީ ރައްޔިތުން ޖެއްސެވި "ގުއި ރޯނެއް" ކަމަށް ވެގެން ހިނގައްޖެކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް ޝާހިދު ވިދާޅުވެއެވެ.

    ]]>
    Sun, 30 Nov 2025 11:52:28 +0500 މުއާޒު
    އަސްލު އެމްޑީޕީ އަކާއި ފޭކް އެމްޑީޕީއެއް އޮވޭތަ! https://heerasnews.com/3711 https://heerasnews.com/3711 ސިޔާސީ ޕާޓީއެއްގެ ތެރޭގައި އަސްލު ޕާޓީއަކާއި ފޭކް ޕާޓީއެއް އޮންނަކަމަށް ބަޔަކު ގަބޫލު ކުރާހާ ހިނދަކު އެ ޕާޓީއެއް އެކަތިގަޑެއްގެ ގޮތުގައި ފެނުމަކީ ނުވާނެ ކަމެކެވެ. ވަކި މީހަކަށް ތަބާވެގެން އެ މީހާ ނޫން ގޮތަކީ ނެތް ގޮތެއް ކަމަށް ދެކިގެން ޕާޓީގެ އަސާސްތައް ދޫކޮށްލާ މީހެއްގެ ވަށައިގެން ބަޔަކު އެނބުރޭހާ އެއްވެސް ޕާޓީއެއް އެކަތިގަނޑަކަށް ނުހެދޭނެއެވެ.

    މީސް ގިނަ ބޮޑެތި ޕާޓީތަކުގައި ފެކްޝަންތައް ވެސް ހުންނާނެއެވެ. އެކަމަކު ފެކްޝަންތަކަކީ ޕާޓީގެ އަސާސްތައް ފުޑާލާ ގަބޫލުކުރާ ހަމަތައް ވެއްޔާ މޮޑެލާ އެއްބަޔަކު އަނެއް ބަޔަކު ކަނޑިކަންފަތް މައްޗަށް ދަމައިގެން ސިޔާސީ ގޮތުން ކަތިލާން ނިކުންނަށް ޖެހުމުގެ ސަބަބަކަށް ހަދައިފިނަމަ އެބައެއްގެ ބާރުކެނޑި ހަލާކުވެ ދާކަށް ލަހެއް ފަހެއް ނުވާނެއެވެ. އެވަގުތަކު އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ލީޑަރެއްގެ ފަހަތުގައި ތިބެ އެންމެން ގުޅިގެން މަސައްކަތް ނުކޮށް ހޯދޭނެ ހެވެއް ރަނގަޅެއް ނުއޮންނާނެއެވެ. 

    ޕާޓީގެ ލީޑަރޝިޕް ބަދަލުވުމާއި މެންބަރުން ބަދަލުވުމަކީ ޕާޓީގައި ދިރުން އޮތްކަމުގެ މިސާލެކެވެ. އެއްވެސް ޕާޓީއަކީ އެޕާޓީއެއް އުފެދޭއިރު އެޕާޓީއެއްގައި ތިބޭ ލީޑަރުންނާއި އެ ލީޑަރުންގެ ފޮލޯވަރުންނާއި އުފެދުނުއިރު ތިބި މީސް ކޮޅުގެ މައްޗަށް އެކަނި ހުއްޓިފައި އޮންނަ ޕާޓީއެއް ނޫނެވެ. އަލަށް ޕާޓީއަށް މީހުން ވަނުމާއި އެއްޕާޓީ ދޫކޮށް އަނެއް ޕާޓީއަކަށް މީހުން ބަދަލުވުމަކީ ސިޔާސީ ޕާޓީގެ ތޮބީއަތެކެވެ. އިރެއްގައި ކޮންމެ ފިކުރެއްގައި ހުރި މީހަކަށް ވިޔަސް އެމީހަކު ވަކި ޕާޓީއެއްގެ ފަލްސަފާއާއި އުސޫލުތައް ގަބޫލުކޮށްގެން ވަކި ޕާޓީއަކާ ގުޅުމުން އެ މީހަކީ އެ ޕާޓީއެއްގެ މީހެކެވެ. އެކަމުގައި އަސްލެއް ފޭކެއް ނުއޮންނާނެއެވެ.   

    މިސާލެއްގެ ގޮތުން އެމްޑީޕީ އުފެދުނު އިރު ތިބި ދެތިން ހާސް މެންބަރުންގެ އެކަނި ތިބި ޕާޓީއެއްގެ ގޮތުގައި މިހާތަނަށް އެމްޑީޕީ އޮތްނަމަ ވަރުގަދަ މީސް ގިނަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީއެއް ނުއޮތީހެވެ. އެމްޑީޕީ އުފެދިގެން މިހާ ހިސާބަށް އައިއިރު އެމްޑީޕީން ދުށް އެތައް ސިޔާސީ ލީޑަރުންނާއި ވަރުގަދަ ފަހުލަވާނުންގެ އެތައް ބަޔަކު އެމްޑީޕީއާއި ވަކިވެގެން ވެސް ހިނގައްޖެއެވެ. އެހެން ޕާޓީ ތަކުގައި އުޅުނު ކިތަންމެ ސިޔާސީ ލީޑަރަކާއި ސިޔާސީ ފަހުލަވާނުން އެމްޑީޕީއާއި ގުޅި އެމްޑީޕީއަށްޓަކައި ބޮޑެތި ގުރުބާނީތައް ވެފައިވެސް އެބަހުއްޓެވެ. ކުރިއްސުރެ ޕާޓީގައި ތިބި ބައެއް މީސް މީހުންނަށްވުރެ މާ ރަނގަޅަށް އަލަށް ގުޅޭ ބައެއް މީހުން އެމްޑީޕީއަށްޓަކާ މަސައްކަތް ކޮށްދީފައިވެސް އެބަހުއްޓެވެ. ކުރަމުން ވެސް އެބަދެއެވެ.

    އެހެން ކަމުން ވަކި ބަޔަކު އެއީ އަސްލު އެމްޑީޕީއަށްވެފައި އަނެއް ބަޔަކީ ފޭކް އެމްޑިޕީކަމަށް ބުނެ ފިތުނަ އުފައްދާ މުޅި ޕާޓީގެ ސިފަ ހަރާބުކުރަން އެއްބަޔަކުވެސް އުޅޭނެކަމެއް ނެތެވެ. އެއިރަކު އެމްޑީޕީގައި މެންބަރެއްގެ ގޮތުގައި ހުރި ކޮންމެ މީހަކީ އެމްޑީޕީ މީހެކެވެ. އެ ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ކުރިން އޭނާ ހުރި ތަނެއް ޕާޓީއަކަށް މުހިންމެއް ނުވާނެއެވެ. ޕާޓީއަށް މުހިންމު ވާނީ އެ މީހަކު ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރެގެން ޕާޓީއަށްޓަކާ ކުރާ އިހުލާސްތެރި މަސައްކަތެވެ. މެންބަރުން ޕާޓީއާއި ގުޅުމާއި ވަކިވުމަކީ ސިޔާސީ ޕާޓީގެ ތޮބީއަތެވެ. އެއްވެސް އެއްޗަކީ އުފެދުނު ގޮތަށް އެއްވެސް ބަދަލެއް ނައިސް އޮންނަ އެއްޗެއް ނޫނެވެ. 

    ]]>
    Sat, 29 Nov 2025 22:25:19 +0500 މުއާޒު
    ނިކަމެތިކަމުގެ މައްޗަށް ނިކަމެތިވެ އިނދަޖެހިއްޖެ: ޝާހިދު https://heerasnews.com/3710 https://heerasnews.com/3710 ރައީސް މުއިއްޒުގެ ވެރިކަމަށް 2 އަހަރު ފުރުމުން ދުށްތަނުގެ ވާހަކަ ވަރަށް ސާފު ބަހުން އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވަނީ ވިދާޅުވެ ދެއްވާފައެވެ. އޮނަރަބަލް ޝާހިދު ލިއުއްވާ އަދަދު ނޫހުގައި ޝާއިއު ކުރައްވާފައިވާ ލިޔުއްވުމަކީ ރައީސް މުއިއްޒުވެރިކަމުގެ ފުރަތަމަ ދެއަހަރުގެ ސާފު މަންޒަރެކެވެ.

    ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމާއެކު ތުރުކީއަށް ރަސްމީ ދަތުރުފުޅެއްކުރެއްވި ކަމާއި ރައީސް މުއިއްޒުގެ ތުރުކީ ޒިޔާރަތަށް ފަހު މާލެ ވަޑައިގެން ވިދާޅުވި ވާހަކަފުޅުގެ ހަނދާން ޝާހިދު ވަނީ އައުކޮށް ދެއްވާފައެވެ. ރާއްޖެއަށް އަހަރު ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އަދި އޭގެ ވެސް ދިހަ ޕަސަންޓް އިތުރަށް ކާޑުގެ ބާވަތްތައް ތުރުކީން އެތެރެ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާފައި ވާކަމުގައި ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ވެރިކަމަށް ދެ އަހަރު ފުރިގެން ދިޔައިރުވެސް ތުރުކީން އަންނަ ކާޑުގެ ބާވަތްތައް އަދިވެސް ރާއްޖެއާއި ހަމައަށް ނުފޯރާކަން ޝާހިދުވަނީ ފާހަގަ ކުރައްވާފައެވެ.

    ރާއްޖެއަށް ބޭނުންވާ ބޭހުގެ ބާވަތްތައް ސީދާ ޔޫރަޕުން އެތެރެކޮށް، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޭސްތައް އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި އެއްވެސް ދަތިކަމެއް ނެތި ލިބިގެން ދާނޭކަމުގެ ފޮނި ވައުދުގެ މަތީންވެސް އެލިޔުއްވުމުގައި ޝާހިދު ވަނީ ހަނދާން އައުކޮށް ދެއްވާފައެވެ. ޔޫރަޕުން ރާއްޖެއަށް އެތެރެކުރާނޭކަމަށް ވިދާޅުވި ބޭސް، ދެ އަހަރު ފާއިތުވެގެން ދިޔައިރު ވެސް ރައްޔިތުންނަށް ނުލިބޭ ކަމާއި ޔޫރަޕުން ބޭސް ލިބެމުން ނުދާތާނގައި، ރާއްޖޭގެ ބޭސް ފިހާރަތަކުން ބޭސް ލިބުން ވެސް ވަނީ ތަދު ބޭހަކަށް ވެފައިކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

    އާސަންދައިން ބޭސްފަރުވާ ކުރެވޭނެ މަގު ބެންކޮކުންނާއި ދުބާއީ ފަދަ، ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ފަހިކޮށްދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ދައުރުގެ ކުރީކޮޅު ވައުދު ވެވަޑައިގެންފައިވާކަން ފާހަގަ ކުރެއްވީ އިހުނަށްވުރެ އާސަންދަ ލިބުމުގެ ދަތިކަން ރައްޔިތުން އިހުސާސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

    ޑޮލަރުގެ އަގު ދެން މަތި ނުވާނޭ ކަމަށާއި، ތަކެތީގެ އަގު އުފުލިގެން ނުދާނޭކަމަށް ވިދާޅުވެ އެތަކެއް ހުވަފެންތަކެއް ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ދެއްކެވި ނަމަވެސް ޑޮލަރުގެ އަގު މަތިވެގެން ނުދާނޭކަމަށް ވިދާޅުވެ ވީ ވައުދު ވެގެން ދިޔައީ ބިލާހަކަށް ކަމުގައި އެމްޑީޕީގެ ރައީސްގެ ލިޔުއްވުމުގައި ވެއެވެ. 

    އާދޭހެވެ! ވެރިކަމަށް ދެ އަހަރު ފުރިގެން ދިޔައީ އެވެ. ތުރުކީން އަންނަ ކާޑުގެ ބާވަތްތައް އަދިވެސް ރާއްޖެއާއި ހަމައަށް ނުފޯރަ އެވެ. ޔޫރަޕުން ރާއްޖެއަށް އެތެރެކުރާނޭކަމަށް ވިދާޅުވި ބޭސް، ދެ އަހަރު ފާއިތުވެގެންދާއިރު ވެސް ރައްޔިތުންނަށް ނުލިބެ އެވެ. ޔޫރަޕުން ބޭސް ލިބެމުން ނުދާތާނގައި، ރާއްޖޭގެ ބޭސް ފިހާރަތަކުން ބޭސް ލިބުން ވެސް ވަނީ ތަދު ބޭހަކަށް ވެފައެވެ. ދިވެހި ތާރީހުގައި ވެސް ޑޮލަރުގެ އަގު މަތި ނުވާ މިންވަރަށް އުފުލި، ޑޮލަރުގެ ކަޅު ބާޒާރެއް އުފެދިގެން ގޮސް ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އުފުލި، ރައްޔިތު މީހާ ނިކަމެތިކަމުގެ މައްޗަށް ނިކަމެތިވެ އިނދަޖެހިއްޖެ ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވެފައިވެއެވެ. 

    އޮނަރަބަލް ޝާހިދު ވިދާޅުވެފައިވާ ގޮތުގައި މިއީ ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދަވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ދޮގު ވައުދުތަކުގެ މައްޗަށް، ދިވެހި ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކުގެ ނާޖާއިޒު ފައިދާ ނެންގެވުމަށް، ބިރަކާނުލާ ވެވަޑައިގެންނެވި ދޮގު ވައުދުތަކުގެ މަދު މިންވަރެކެވެ.

    ]]>
    Sat, 29 Nov 2025 12:07:30 +0500 މުއާޒު
    ކުރިން ދިން ވޯޓު ނުވި އާރުސީސީއެއް ފަހަކުން ވެސް ނުވާނެ! https://heerasnews.com/3709 https://heerasnews.com/3709 އެމްޑީޕީއަށް ވެރިކަން ގެއްލި ބަލިކަށިވީ އެންމެ ބަލިކަށިވީ ވަގުތު އެމްޑީޕީއަށް ވަދެ ނުފޫޒާ ބާރާދެކޮޅަށް މާލެ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް އާދަމް އާޒިމް ހޯދާދިނެވެ. އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީގެ ކައުންސިލަރކަމަށް ހޮވުނު ކައުންސިލަރުންތައް މަގާމުގެ ހުވާ ކުރުމުގެ ކުރިން ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރުމުންވެސް އާދަމް އާޒިމް ހުރީ އެމްޑީޕީގެ ދިފާއުގައި ކަމަރު ބަނދެގެން ޕާޓީ ބަދަލު ނުކޮށެވެ.

    ފަސޭހަ މޮޅުގޮތް ބޭނުންވިނަމަ މާލެސިޓީ ކައުންސިލްގެ މެޖޯރިޓީއާއި އެއްގޮތަށް ޕާޓީ ބަދަލުކޮށްލައިގެން ހިހޫ ތަނުން ކާލައިގެން އާދަމް އާޒިމަށް ވެސް ހުރެވުނީހެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް މާލެ ސީޓީކައުންސިލްގައި ހުރި ބޮޑެތި ގޮންޖެހުންތައް ހައްލުކުރަން އާދަމް އާޒިމް މަސައްކަތް ކުރީ އެމްޑީޕީއަށް ވަފާތެރިވެ ހުރެއެވެ. އުދަނގޫ ނަމަވެސް އާދަމް އާޒިމް ހިޔާރުކުރީ އެމްޑީޕީގެ މަސްލަހަތެވެ. އެމްޑީޕީގެ ކުރިއެރުމެވެ. އާދަމް އާޒިމް އިސްކަން ދެނީ ތެދުވެރި ހިދުމަތަށެވެ. 

    އެމްޑީޕީގެ ޓިކެޓްގައި ފުރިހަމަ ފަސް އަހަރު މާލެސީޓިއަށް ހިދުމަތްކުރަން އަލުން ނިކުތުމަށް އާދަމް އާޒިމް ނިންމުމާއެކު އާދަމް އާޒިމަށް ދޭ ވޯޓަކީ އެމްޑީޕީއަށް ދޭވޯޓެއް ނޫންކަމަށް ބުނެ އެމްޑީޕީގެ ތެރޭގައި ބަޔަކު އެބަ އަޑުފަތުރައެވެ. އާދަމް އާޒިމަށް ދޭ ވޯޓަކީ އާރުސީސިއަށް ދެވޭ ވޯޓެއް ކަމަށް ދައްކަން މަސައްކަތް އެބަކުރެއެވެ. އާދަމް އާޒިމް އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް އިންތިހާބު ކުރިއިރުވެސް އާރުސީސީ އޮތެވެ. ބޭބެ ކާނަލް ނާޒިމް ހުރީ މުއިއްޒަށް ބައިއަތު ހިފައިގެންނެވެ. އޭރަކު މާލޭ މޭޔަރުކަމަކީ އާރުސީސީއަށް ހޯދާ ދެވުނު އެއްޗަކަށް ނުވިއެވެ. އެކަމަކު އެމްޑީޕީ ރޫޅާލަން ނިކުތް މީހުން އެނބުރިއައިސް އޭގެން މީހަކު މޭޔަރުކަމާ ހިފަންވީމާ މިހާރު އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމް މާލޭ މޭޔަރަކަށް ހޮވުމަކީ އާރުސީއަށް ހޯދާދެވޭ ގޮނޑިއެއް ކަމަށް ވާންޖެހޭ ސަބަބެއް ނެތެވެ.  

    އަނެއްކޮޅުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ރައީސް މުއިއްޒު އަތް ގަދަކޮށްފައި އޮތްވަރުން މާލެސިޓި މޭޔަރު ކަމުގައި ޑރ. މުއިއްޒު ހިންގާފައިވާ ޖަރީމާތައް މުއިއްޒުގެ މެޖޯރިޓީ ކޮންޓްރޯލް އޮތް ސިޓީ ކައުންސިލްގައި ނުބެލި އޮތުމަކީ އާދަމް އާޒިމްގެ މައްސަލައެއް ނޫނެވެ. މައްސަލަތައް ބަލަން މޭޔަރުގެ ހައިސިއްޔަތުން ހުށަހެޅޭ ގޮތަށް ހުރިކަންކަން ކަމާބެހޭ އިދާރާތަކަށް އާދަމް އާޒިމް ހުރީ ހުށަހެޅިފައެވެ. ކައުންސިލުން ފާސްކޮށްގެން ނޫނީ ނުބެލޭ ގޮތަށް ހުރި ކަންކަން ބެލޭނީ ކައުންސިލުން ފާސްކޮށްގެންނެވެ. ކަންކަން އޮޅުވާލަން ނޫޅޭށެވެ.

    ޑރ. މުއިއްޒުގެ މޭޔަރކަމުގައި ހިންގާފައިވާ ޖަރީމާތައް ނުބެލޭކަމަށް ވާހަކަ ދައްކާއިރު އެގެންޖެހޭ އެއްކަމަކީ މުއިއްޒާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭ އެއްވެސް ތަނެއް ރާއްޖޭގައި ނެތްކަމެވެ. އޮޑިޓް އޮފީހެއް އޭސީސީއެއް ފުލުހެއް ކޯޓެއް ކިޔާނެކަމެއް ނެތްތާއެވެ. ކަންކަން އެހެން އޮތް އިރެއްގައި މައްސަލަތަކުގެ ތެރޭގައި ތާށިވެގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައްނުދީ ހަނު ހުރުމަކީ އާދަމް އާޒިމުގެ ތޮބީއަތެއް ނޫނެވެ. އެހެންކަމުން ރައްޔިތުންނާ ގުޅުން ހުރި ހިދުމަތްތައް ދިނުމަށް އާދަމް އާޒިމް ހާއްސަ އިސްކަމެއް ދިނެވެ. އެކަމުގެ ހެޔޮ ނަތީޖާ މާލެސިޓީން މިއަދު އެބަފެނެއެވެ. ހުސްވާހަކަ ދައްކާ މީހަކާއި އަމަލުން ނަތީޖާ ދައްކާ މީހަކާ އުޑާބިމާހާ ތަފާތުވާނެކަން އެމްޑީޕީ މެންބަރުންނަށް އެނގޭނެއެވެ.  

    ]]>
    Fri, 28 Nov 2025 15:26:06 +0500 މުއާޒު
    ރައްޔިތުންގެ ބަސް އިއްވަން ނިކުންނާނެ މުއިއްޒު ތަކެއް ބޭނުން! https://heerasnews.com/3707 https://heerasnews.com/3707 ރައީސް މައުމޫނުގެ ވެރިކަމުގައި ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އަޑުއުފުލީ މިހާރަށްވުރެ ގައުމުގެ ހާލަތު އެތައްތަނެއް ރަނގަޅަށް އޮއްވައެވެ. ނިސްބަތުން އެހާ ބޮޑު ދަރަނިވެރިކަމެއް ނެތެވެ. ޒާތްޒާތުގެ ޓެކްހެއް ނުނަގައެވެ. ލިބޭ މިންވަރަށް ބެލުމެއްނެތި އަތްގުޅި ނުކާވަރުގެ ޕްރޮޖެކްޓްތަކެއް ނުހިންގައެވެ. މާލެ ފިޔަވާ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ސަރަހައްދީ ހޮސްޕިޓަލް ހުއްޓެވެ. ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓާ ހުއްޓެވެ. ކޮންމެ ރަށެއްގައި ސިއްހީމަރުކަޒެއް ނުވަތަ ހެލްތު ޕޯސްޓެއް ހުއްޓެވެ. 

    ހުޅުލޭ އެއަރޕޯޓްނުލާ ރާއްޖޭގެ ހަތަރު ހިސާބެއްގައި 4 ސަރަހައްދީ އެއަރޕޯޓް އޮތެވެ. ދުނިޔޭގެ އެންމެ މަތީފެން ވަރަށް ޓޫރިޒަމް އޮތީ ގެންގޮސްފައެވެ. ހުޅުމާލެ ހިއްކާ ބޯހިޔާ ވަހިކަމުގެ މަޝްރޫއުތައް ހިނގައިގެންފައިވެއެވެ. އާބާދީ ބޮޑު މަސްވެރި ގިނަ ރަށްރަށުގައި ބަނދަރު ހަދައިފައިވެއެވެ. ކޮންމެ އަތޮޅެއްގައި ސަރުކާރުން ހިންގާ ބޮޑު ދެ ސްކޫލުގެ އިތުރުން ކޮންމެ ރަށެއްގައި މަދަރުސާއެއް ހިންގިއެވެ. ސެކަންޑަރީ ތައުލީމަށް ހާއްސަކޮށްގެން ކުޅުދުއްފުއްޓާއި ހިތަދޫގައި ރީޖަނަލް ސްކޫލް ހިންގައެވެ. ޔުނިވަރސިޓީ ތައުލީމު ރާއްޖޭގައި ދޭން ފަށައިފިއެވެ. 

    ބީއެމްއެލް އާއި އެސްޓީއޯ އާއި ސްޓެލްކޯ އާއި އެމްއޭސީއެލް އާއި އެމްޑަބްލިޔުއެސްއީ އާއި ދިރާގާއި އެމްޕީއެލްއާއި އެމްޓީސީސީ ކާމިޔާބު ކަމާއެކު އެކަށިގެންވާ ގޮތެއްގައި ހިނގަހިނގާ ހުއްޓެވެ. ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފެށި ފުޅާވާން އޮތީ ފަށާފައެވެ. 100 ފޫޓް ހުންނަވަރުގެ ބޮޑެތި ޒަމާނީ މަސްދޯނި ފަހަރާއި މުދާއުފުލާ އުޅަދު ފަހަރު ގިނަވެ ހިތްވަރާއެކު މަސައްކަތްކުރާ މީހަކަށް ކުރިއަރާދާނެ މަގު ތައްމިނަށް ހުޅުވުފައި އޮތެވެ. 

    ކުރުކޮށް ބުނާނަމަ ކުރެވޭ ހޭދަ މިހާރާ އަޅާބަލާއިރު ގައުމުގެ ކުރިއެރުމާއި ފުދުންތެރިކަން އޭރު އޮތީ އިންތިހާ ދަރަޖައަށް މަތީގައެވެ. ކޮރަޕްޝަނާއި ފަސާދަ ވެސް އޮތީ މިހާރާ އަޅާބަލާއިރު 90 ދަރަޖަ ދަށުގައެވެ. އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުން ނެއްޓި ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ރާއްޖެވެގެން ދިޔައީވެސް މައުމޫނުގެ ވެރިކަމުގައެވެ. 

    އެހެން އެހުރިހާ ކަމެއް އޮތް އިރުވެސް ރައްޔިތުންނަށް ހައްގު މިންވަރު ހޯދުމަށް ތެދުވެ ބަޔަކު އޭރު އަޑުއުފުލިއެވެ. ރައްޔިތުންގެ ތެރޭގައިތިބި އިތުބާރު ކުރެވޭ އެތައް ބަޔަކު ނިކުމެ މައުމޫނުގެ ދިގުލީ ވެރިކަން ބަދަލުކުރިއެވެ. އޭގެ 15 އަހަރު ފަހުން މުޅި ނިޒާމް އެއްކޮށް ފުޑުފުޑުވެ ގައުމުގެ ހީރަސް ކެނޑި ހައްދުން ނެއްޓި ދާއިރު ރައްޔިތުންގެ ހައްގުގައި ބަސް ބުނާނެ އިތުބާރު ކުރެވޭ ހަމައެކަކުވެސް ނެތީހެއްޔެވެ. ގައުމު ހަމަ މަގަށް އެޅުވުމަކީ ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ކަމަކަށް ހަދާފައި ނިންމާލީހެއްޔެވެ. 

    މައްޗަށްގޮޅީ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުމުން އުސްތާޒު މުއިއްޒު ނިކުންނަވާ ރައީސް މުއިއްޒަށް އޮއްސާލެއްވީ ވާހަކަ ތަކަކީ އައުވާހަކަ ތަކެއްނޫނެވެ. އެންމެންނަށްވެސް އެނގޭ ގިނަ ކަންތައްތަކެއްގެ ތެރެއިން ދާދި ކުޑަ މިންވަރެކެވެ. އެކަމަކު އެވަރުވެސް ކޮށްލާނެ އިތުބާރުކުރެވޭ އިލްމީ ގާބިލު އިތުރު މީހަކު ހަމަ ނެތީހެއްޔެވެ. ރައީސްގެ ކުރިމައްޗަށް އޮއްސާލާނެ އެކަހަލަ އެތައް ހާސް ވާހަކައެއް މިއަދު ރާއްޖޭގައި އެބައޮތެވެ. އިތުބާރު ކުރެވޭ ގާބިލު މީހުން ބޮޑު ވަރިހަމާގައި މިތިބެނީ ކީއްވެފާ ހެއްޔެވެ. ރައްޔިތުން ބޭނުންވަނީ ރައީސް މުއިއްޒު ޖަވާބުދާރީ ކުރުވަން ރައްޔިތުންގެ ތެރެއިން ނިކުންނާނެ އިލްމީ ގާބިލު އިތުބާރު ކުރެވޭ މުއިއްޒު ތަކެކެވެ.

    ]]>
    Thu, 27 Nov 2025 14:19:47 +0500 މުއާޒު
    އުވާލަންޏާ އުވާލަންވީ މުއިއްޒުގެ އޮޅުހިޔާ https://heerasnews.com/3706 https://heerasnews.com/3706 ރޫޅާލާ އުވާލަންވީ އަތޮޅު ކައުންސިލްތޯ ނޫނީ ރައްޔިތުންގެ މަޖިލިސްތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ގާނޫނު އަސާސީ ލާޒިމުކުރަނީ ރައްޔިތުންގެ މަޖިލީހެއް އޮތުމަށެވެ. ރައްޔިތުން ވޯޓު ދިނުމުން ރައްޔިތުން ދޫކޮށް ސަރުކާރުން ޖަހާހާ ބެރަކަށް ނަށާނެ ސަރުކާރު ގޮނޑިކޮއްކޮ މަޖިލިހެއް އޮތުމަކަށް ގާނޫނު އަސާސީ ލާޒިމެއް ނުކުރެއެވެ.

    ބައެއް މީހުން ކިޔާއުޅޭ ގޮތުގައި މިހާރު ރާއްޖޭގައި އޮތް މަޖިލިސް ރައްޔިތުންގެ މަޖިލީހަކަށްވުރެ މުއިއްޒުގެ އޮޅުހިޔަލަކާ މާ ވައްތަރެވެ. އެހެން އޮތް އޮޅުހިޔާ ފެސިލީޓީ އުވާލުން އަތޮޅު ކައުންސިލް އުވާލުމަށްވުރެ ރަގަޅުކަމަށް އެތައް ބަޔަކު އެބަކިޔައެވެ. ރައްޔިތުން އިންތިހާބު ކުރީމާ ހުވާކޮށްގެން އެތަނަކަށް ވަދެވުނީމާ ލަދެއް ހަޔާތެއް ގަންނަނީއެއް ނޫނެވެ. ހަމައެއް ލަމައެއް އޮންނަނީއެއް ނޫނެވެ. 

    ހަރަދާއި އިސްރާފާއި ދަރަނީގެ ވާހަކަ ކަރުންނާރު ނަގާ ދައްކަމުން ހަރަދު ކުޑަކުރާނަމުގައި ރައްޔިތުން ބިކަކުރުން ނޫން ކަމެއް ނުކުރެއެވެ. ޖަޒުބާތުގައި ބޮޑެތިކަންކަން ނިންމާލާއިރު ކަމުގެ އެކޮޅުމިކޮޅެއް ބަލަނީއެއް ނޫނެވެ. ހަރަދު ކުޑަކޮށް ހިންގުމުގެ ލޭޔަރ ތުނިކުރުމުގެ ނަމުގައި ރާއްޖޭގެ އިދާރީދާއިރާތަކުގެ ގާނޫނީ ހައިސިއްޔަތު ގެއްލުވާލެވުނު އިރުވެސް ނޭނގުނެވެ.

    އަންތަރީހެއް ނުވާނެހެއްޔެވެ. ހަރަދަށް ބަލާ ހަރަދު ކުޑަ ކުރާނަމަ ހުރިހާ އަތޮޅު ކައުސިލް ތަކުގެ ހަރަދުތައް އުޅޭނީ އޮޅުހިޔަލުގެ ހަރަދަށްވުރެ އެތައް ގުނައެއް މަތިގައެވެ. މުސާރައިގެ ގޮތުން ބަލާނަމަ ހުރިހާ އަތޮޅު ކައުނސިލްތައް ހިންގަން ހަރަދު ކުރާވަރު އޮޅުހިޔަލުގެ ކޮއްތަށް އެކަނި ހޭދަވާނެއެވެ. ދައުލަތަށް އެންމެ މަންފާ ބޮޑުގޮތަކީ ހަރަދު ބޮޑު ތަނެއް ލުހެލައިގެން ހަރަދު ކުޑަކުރުމެވެ. 

    ރައްޔިތުންގެ މަޖިލިސްގެ ގާނޫނީ ޒިންމާ އަކީ ސަރުކާރާއި ދައުލަތުގެ އިދާރާތައް ޖަވާބުދާރީކޮށް ގާނޫނު އަސާސީގައިވާ ހަމައިން ސަރުކާރު ހިންގާތޯ ބެލުމާއި ދިވެހީންނަށް ފައިދާވާނެހެން ދައުލަތުގެ މާލިއްޔާ މެނޭޖު ކުރުމެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި ދައުލަތުގެ މުދަލާއި ފައިސާ ހިމާޔަތްވާހެން ގާނޫނުތައް ހެދުމެވެ.

    ގާނޫނީ ޒިންމާ އަދާ ކުރަން އޮޅުހިޔާ ކުދިންކޮޅު ވަނީ ނުކުޅެދީފައެވެ. ބަދަލުގައި ދަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ބިލެއް ވިއްޔާ ބިލެއް، ބަޖެޓެއް ވިއްޔާ ބަޖެޓެއް ފާސްކޮށްދީ ޒިންމާއިން ރެކި ރަބަރު ސްޓޭމްޕް ޖަހާދެމުންނެވެ. މަޖިލިހުގެ ރައީސް ވިދާޅުވަނީ މަޖިލިހުގައި ކަންކަން ބަހުސް ކޮށް ގޮތެއް ނިންމާނެ ތަޖުރިބާއެއް ވަގުތެއް ނެތްކަމަށެވެ. އެހެން ކަމަށްވާނަމަ ޝަރުތު ހަމަނުވާ ދައުލަތަަށް ބުރައަކަށްވާ ބަޔަކު ބޭތިއްބުމުގެ މާނައެއް ނެތެވެ. އުވާލަންޏާ އުވާލަންވީ ރައްޔިތުންގެ މަޖިލީހުގެ ނަމުގައި އޮތް މުއިއްޒުގެ އޮޅުހިޔާ ކޮއްޓެވެ. 

    ]]>
    Thu, 27 Nov 2025 12:55:50 +0500 މުއާޒު
    މިހާލަތުގައި ޕްރައިމަރީ ބޭއްވުމަކީ އެމްޑީޕީއަށް ބޮޑު ގެއްލުމެއް https://heerasnews.com/3705 https://heerasnews.com/3705 އެމްޑީޕީ އެކަތިގަޑަކަށް ހަދާ ބާރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި ބާއްވާން ބޭނުންނަމަ އެމްޑީޕީން ކުރާނެ ކަމަކީ މިވަގުތު އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް ތަކަށް ހޮވިގެން ހިދުމަތް ކުރައްވާ މެންބަރުންނަށް މަގާމު ކަށަވަރުކޮށް ދިނުމުގެ މަސައްކަތެވެ. މަގާމުގައި ތިއްބެވި މޭޔަރުންނާއި ކައުންސިލަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދިނުމެވެ.

    މި ދަނޑިވަޅު ސިޓީތަކުގެ މޭޔަރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީގެ ބޭފުޅުންނަށާއި އެމްޑީޕީގެ ކައުންސިލަރުންނަށް މަގާމު ކަށަވަރުކޮށް ދެވަނަ ދައުރެއް ހޯދައިދޭން ނޫޅެ ޕްރައިމަރީ ބާއްވައިގެން ޕާޓީގެ އެތެރެ ބައިބައިކުރުމަކީ ބޮޑު ގެއްލުމެކެވެ. އެމްޑީޕީގެ ކައުންސިލަރުން ނެތް ގޮނޑިތަކަށް ވާދަކުރާނެ ގާބިލު މީހުން ހޯދާ އާއްމު ޕްރައިމަރީއަކަށް ނުގޮސް ޕާޓީ ޓިކެޓް ދޭނެ މީހަކު ކަނޑައެޅުމަކީ ވެސް މިވަގުތު ވިސްނާލަން މުހިންމު ކަމެކެވެ.

    ކިތަންމެ ޑިމޮކްރެޓިކް ގޮތެއްކަމަށް ޕާޓީ ޕްރައިމަރީ ވިޔަސް ޕާޓީ އެކަތިގަޑަކަށް ހަދާ އެއްވާނެއްގައި ސަރުކާރު ޖަވާބުދާރީ ކުރަން ބޭނުންނަމަ މިހާލަތުގައި ޕްރައިމަރީ ބޭއްވުމަކީ އެމްޑީޕީއަށް ބޮޑު ގެއްލުމެކެވެ. ޕްރައިމަރީތަކުގެ ތަޖުރިބާއަށް ބަލައިލުމުން ބަލިވާ ކެންޑިޑޭޓާއި އެނާގެ ސަޕޯޓަރުން ކާމިޔާބުކުރާ ކެންޑިޑޭޓްގެ ފަހަތަށް އަރާ އެކުގައި މަސައްކަތްކޮށް ޕާޓީއަށް ގޮނޑި ހޯދައިދޭން އުޅެފައި އޮތްތަނެއް މަދުން ނޫނީ ނުފެނެއެވެ. 

    ޕްރައިމަރީއެއް ބާއްވާ ނިމޭއިރު އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް ތިބެނީ އެކުގައި މަސައްކަތް ކުރުން އެއްކިބައިގާ އޮއްވާ ވާހަކަ ދައްކާލާ ނޫޅެވޭ ވަރަށް ޖެހި ފިތި ބާރުވެފައެވެ. ގައުމީ އިންތިހާބުތައް ގެއްލެން ދިމާވަނީ ޕްރައިމަރީގައި ވާ ޑެމޭޖުގެ ބޮޑު ކަމުންނެވެ. އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުނީ ޕްރައިމަރީގެ ސަބަބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ގިނަ ގޮނޑިތައް ގެއްލުނީވެސް ޕްރައިމަރީގައި އުފެދުނު ޖަޒުބަތުގައެވެ.

    މިހާރު ކަންތައް ހުރި ހިސާބުން މާލޭ މޭޔަރ ކަމުގެ ގޮނޑި އެމްޑިއަށް ދިފައުކުރަން ފަސޭހައެއް ނުވާނެއެވެ. ވަދަވެރި ދެޕާޓީއެއްގެ ކުރިމަތިލުމަށްވުރެ މިހާރުވެސް މާލެ ސިޓީ މޭޔަރ ޕްރައިމަރީ އެމްޑިޕީގައިވަނީ ހޫނުވެފައެވެ. ޕޮރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަކާއެކު ޕާޓީއަށް ގޮނޑި ދިފާއުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ނުކުރެވޭ ވަރަށް އެއްކޮޅުން ދަނީ ސިޓިންގ މޭޔަރު ޑެމާޖުކުރަން މަސައްކަތް ކުރަމުންނެވެ. އެހެން ސިޓީތަކާއި ރަށްރަށުގެ ހާލު އެނގޭނީ ރަނގަޅަށް ޕްރައިމަރީގެ ފޯރި ހިފާލީމައެވެ. 

    ]]>
    Wed, 26 Nov 2025 11:46:39 +0500 މުއާޒު
    އަތޮޅު ކައުންސިލް އުވާލީ އަތޮޅުތައް ލޫޓުވާލަން ފަސޭހަކުރަން https://heerasnews.com/3704 https://heerasnews.com/3704 ރާއްޖޭގައި މިހާރު އަމަލު ކުރެވެމުންދާ ގާނޫނު އަސާސީއަކީ ރިޔާސަތުގައި ގާސިމް އިބްރާހީމް އިނދެގެން އެކުލަވާލާ ފާސްކުރި ގާނޫނު އަސާސީއެކެވެ. އެ ގާނޫނު އަސާސީގެ ލާމަރުކަޒީ ބާބަކީވެސް ގާސިމް އިބުރާހީމް ލޮލުން ބޮލުން އެދިގެން ފާސްކުރަން ބޭނުންވި ގޮތަށް ފާސްކޮށްފައިވާ ބާބެކެވެ. 

    އެހެންނަމަވެސް ގާނޫން އަސާސީގެ ލާމަރުކަޒީ ބާބުގެ 230 އަދި 231 ވަނަ މާއްދާގައި ހިމެނޭ އަތޮޅު ކައުންސިލްތަކާއި ގުޅޭ ބައި އުނިކޮށް އެމާއްދާތައް އިސްލާހު ކުރުމަކީ ވަރަށް މުހިންމު މުނާސަބު ކަމަކަށް ގާސިމް އިބްރާހީމަށް ވެއްޖެއެވެ. ލާމަރުކަޒީނިޒާމު ރާއްޖޭގައި ހިންގުމުގައި ކޮންމެހެން އޮންނަށް ޖެހޭ ތަނެއް ކަމަކަށް މިހާރަކު ގާސިމް އިބްރާހީމަކަށް ނުވިއެވެ. 

    އަތޮޅު ކައުންސިލްތަކަކީ ރަށު ކައުންސިލްތަކުން ނިންމާ ނިންމުންތައް ސަރުކާރަށް ފޯރުކޮށްދޭން ލާފައި އޮތް ލޭޔަރެއް ނޫންކަމެއް ގާސިމަކަށް ނޭނގުނެވެ. އަތޮޅު ކައުންސިލްތައް އުފެދިފައި އޮތީ ރަށުކައުންސިލާއި ސަރުކާރާ ދެމެދުގައި އޮންނަ ލޭޔަރެއްގެ ގޮތުގައި ނޫންކަން ގާސިމް ހަނދާނެއް ނެތެވެ. ގާނޫނު އަސާސީ އޮތީ އަތޮޅު ކައުންސިލް އޮވެގެން ރަށު ކައުންސިލްގެ ނިންމުމެއް ސަރުކާރަށް ނުފޯރުވި ހުއްޓޭގޮތަކަށްނޫން ކަމެއްވެސް ގާސިމަކަށް ނޭނގުނެވެ. 

    އަތޮޅު ކައުންސިލަކީ ގާނޫނު އަސާސީގައި ބުނާ 19 އިދާރީ ދާއިރާ ކަމުގައިވާ އަތޮޅު ތަމްސީލްކުރާ މުއައްސަސާކަމެއް ގާސިމަކަށް ނޭނގުނެވެ. އަތޮޅު ކައުންސިލްގައި އެއަތޮޅެއްގެ މީހުންއުޅޭ ހުރިހާ ރަށެއް ތަމްސީލު ކުރެވޭ ކަމާއި އަތޮޅެއް އަތޮޅެއްގެ ގޮތުގައި ވަކިކުރެވިފައިވާ ވަކިކުރުން ނަގަހައްޓާ ދަމަހައްޓާ ގާނޫނީ މުއައްސަސާއަކީ އަތޮޅުކައުންސިލް ކަމެއްވެސް ގާސިމަކަށް ނުވިސްނުނެވެ. 

    މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ނަމުގައި ވުޒާރާއެއް ހަދައިގެން ރަށު ކައުންސިލްތަކާއި ސަރުކާރުގެ މުއައްސަސާތަކާ ދޭތެރޭގައި ބޯ ލޭޔަރެއް ލައިގެން ހިންގުން ވަރެއް ގާސިމަށް މިއަދުނެތިއްޖެއެވެ. ކުރީގެ އެޓޮލްސް މިނިސްޓްރީ ވުޖޫދުކޮށްގެން އެތައް ސިޔާސީ މަގާމެއް އުފައްދައިގެން އަތޮޅުތައް ހިންގުމުގެ ބާރު އެތަނަށް ނަގައިގެން ހިންގުމަކީ ހަރަދު ބޮޑު، އެފިސެންޓް ނޫން ކަމަކަށްވެސް ގާސިމަކަށް ނުވިއެވެ. 

    ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ) އިން ކަޑައަޅާ ގާނޫނު އަސާސީގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވާ 19 އިދާރީ ދާއިރާގެ އިދާރާ ( އަތޮޅު ކައުންސިލް) އުވާލުމަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުކަމެއްކަން ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަމުގައި ހުރި ގާސިމް އިބްރާހީމަށް އެނގުނުކަމަކަށް ނުހެދިއެވެ. އަތޮޅު ކައުންސިލްތައް އުވާލުމަކީ އިދާރީ ދާއިރާތައް އުވާލުމެވެ. 

    އަތޮޅު ކައުންސިލްތައް އުވާލީ ރަށުކައުންސިލްތަކާއި ސަރުކާރާ ދެމެދު އޮންނަ ލޭޔަރަކަށް ވެގެނެއް ނޫނެވެ. ދައުލަތުގެ ހަރަދު ކުޑަކޮށް ހިންގުން އެފިސެންޓް ކުރާކަށްވެސް ނޫނެވެ. އަތޮޅު ކައުންސިލްތައް އުވާލީ ގާސިމު ކަހަލަ ނުފުރޭ މަހުޖަނުންނަށާއި ސަރުކާރުގެ ވެރިންނަށް ލޫޓުވާލަން ފަސޭހަކުރާށެވެ.

    އަތޮޅުކައުންސިލްތައް އުވާލުން މާމޮޅު ކަމަކަށް ގާސިމަށް ވެގެން އުޅެނީ ކީއްވެގެންކަން އެންމެނަށްވެސް އެނގެއެވެ. އަތޮޅުކައުންސިލް އުވާލުމުން ރަށްރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ނުހިމެނި އޮތޮޅުތަކުގައި ހުރި ހުރިހާ ފަޅުރަށަކާއި ފަރުފަރަކާއި ފަޅުފަޅަކާއި ފިނޮޅުތަކުގެ މައްޗަށް ބަސްކިޔޭނެ ގާނޫނީ ބާރުވެރިއެއް ނެތި ސިދާ ސަރުކާރުގެ ދަށަށް ގެންދެވުނީތާއެވެ. އޭރުން ސަރުކާރަށް ސަނާ ކިޔައިގެން ފަޅުފަޅާއި ފަޅުރަށްރަށް ބޭނުން ވަރަކަށް ގާސިމުގެ ފައިކޭޓަށް އަޅާލަން ފަސޭހަވާނެއެވެ.   

    ]]>
    Wed, 26 Nov 2025 08:56:34 +0500 މުއާޒު
    ޔާމީނު ގޭފެންޑާގައި ކުރާވަރުވެސް އެމްޑީޕީއަށް ނުކުރެވޭ https://heerasnews.com/3703 https://heerasnews.com/3703 ވަރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި ގަދަޔަށް މަސައްކަތްކުރަންވީ ވަގުތު އެމްޑީޕީން މިކުރަނީ ކީއްހެއްޔެވެ. 2028ގައި ރާއްޖޭގެ ވެރިކަން ލިބޭނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭ މީހަކަށް ކަމުގައި ހީއްކޮށްގެން ރިޔާސީ ޓިކެޓާ ހިފަހިފާ ތިބެގެން ދެމީދާ ފެހި ބުޅަލަށްވީ ވަރުވެސް އެމްޑީޕީއަށް ނުވެދާނެއެވެ. 

    އެމްޑީޕީއަށް ވިޔަސް ވެރިކަން ލިބޭނީ އެކަތިގަޑެއްގެ ގޮތުގައި އޮވެ ސަރުކާރު ޖަވާބުދާރީ ކުރުވާ ރައްޔިތުންގެ އިތުބާރު ހޯދައިގެންނެވެ. އެތެރޭގެ ކޯޅުން ބޮޑުވެ ވާދަވެރިންނަށްވުރެ ބޮޑަށް އަމިއްލަ ޕާޓީގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔެއްގެ ކުށްހޯދާ ކުށްދެއްކުމުގައި އަވަދިނެތުނީމާ ވާދަވެރިން ދަނޑިވަޅުބަލާ އެނގަކުރި އެބަ ހިފައެވެ. ރައީސް މުއިއްޒު ކޮންފޮޓް ޒޯނުގައި ހުންނަވައިގެން ކުރައްވަނީ ކުރައްވާނެ ކަމެކެވެ. ވާނީވެސް އެހެންތާއެވެ. އިދިކޮޅުން ޖެހޭ އޮޔެއްވަޔެއް ނެތެވެ.

    ވަކިމީހަކު ބާރުވެރިކުރުމުގެ ނިޔަތުގައި އެނޫން އެންމެން ބަރަހަނާކޮށް އާއްމުންގެ ތެރޭގައި ޖަދަލުކުރަން ފެށުމުން މީހުން އެމްޑީޕީއަށް ކުރާ އިތުބާރު ދަނީ ގެއްލެމުންނެވެ. އެއްރޫހެއްގައި އެއް މިސްރާބަކަށް އެމްޑީޕީ ދަތުރުކުރާތަނެއް ރައްޔިތުންނަކަށް ނުފެނެއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާ ގައުމު ހަމަމަގަށް އަޅުވަން ސިޔާސީ މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. 

    ޕީއެންސީގެ ބާރުވެރިކަން މުޅި ދައުލަތުގައި ފެތުރިފައިވާއިރު ވަރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި އެމްޑީޕީން ކުރެވެން ހުރި ކަންކަން ކުރާތަނެއް ރައްޔިތުންނަކަށް ނުފެނެއެވެ. ރައްޔިތުންގެ ތެރޭގައިވެސް އެމްޑީޕީން އަށަގަންނަވާތަން ފެންނަނީ 2028 ރިޔާސީ ޓިކެޓް ލިބޭނީ ކާކަށްތޯ ބެލުމުގެ ރޫހެވެ. ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ހައްލު ހޯދުމަށް ވަކިވަކީންނާއި ގަނޑުކޮށް އިހުތިޖާޖު ކުރުމުގެ ރޫހު އުފައްދާތީއެއް ނުފެނެއެވެ.   

    ރާއްޖޭގައި ކަންކަން ވަމުންދާގޮތުން ސިޔާސީ ޕާޓީތަކާއި ދޭތެރޭ ގިނަ ބަޔަކު ތިބީ މާޔޫސްވެފައެވެ. ޕާޓީ ނިޒާމަކީ ކޮރަޕްޝަނާއި ފަސާދައިގެ ނިޒާމެއްކަމަށް މީހުން ގަބޫލުކޮށްފިއެވެ. އެއްވެސް ޕާޓީއަކީ އިތުބާރުކޮށް ކަމެއް ހަވާލުކުރާވަރު ބައެއް ނޫންކަމަށް މީހުން ދެކެން ފަށައިފިއެވެ.  

    ދިވެހި ރައްޔިތުންގެ ތެރޭގައި ކުޑަވެސް އުންމީދެއް އޮތް ޕާޓީއަކީ އެމްޑީޕީއެވެ. އެހެނެއް ކަމަކު ގައުމާއި ޕާޓީއަށްވުރެ އަމިއްލަ މަަސްލަހަތު ކުރިއަށްނެރެ ޒިންމާދާރު އޮޕަޒިޝަނެއްގެ މަސައްކަތްނުކޮށް ރިޔާސީ ޓިކެޓާ ހިފަން ފެށުމުން އެމްޑީޕީއަށް ކުރި އިތުބާރުވެސް އެމްޑީޕީން ދަނީ ނަގާލަމުންނެވެ. ހަސަންކުރުސީ މީސްމީޑިއާގައި ކުރާވަރާއި ޔާމީނު ގޭފެންޑާގައި އިނދެ ކުރާވަރު ވެސް އެމްޑީޕީއަކަށް ނުކުރެވެއެވެ.

    ]]>
    Tue, 25 Nov 2025 15:28:05 +0500 މުއާޒު
    އަލަށް ހޮވޭ ޗެއަރޕާސަނަކަށް ފުރިހަމަ އެހީތެރިކަން ލިބޭނެ: ރައީސް ސޯލިހު https://heerasnews.com/3701 https://heerasnews.com/3701 އެމްޑީޕީއަށް އަލަށް އިންތިޚާބުވާ ޗެއާޕާސަނަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް އެމްޑީޕީގެ މުޝްތަޝާރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު އެހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާރސަންގެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެން ފައްޔާޒު އިސްމާއީލްގެ ހިދުމަތްތަކުގެ އަގުވަޒަން ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. 

    އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ފައްޔާޒު ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ޝުކުރު ދަންނަވާކަމަށް ރައީސް ސޯލިހު ވިދާޅުވެފައިވެއެވެ. ފައްޔާޒު ކުރެއްވި މަސައްކަތްތައް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ މެންބަރުން ބަލައިގަންނާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.  

    "މަނިކުފާނުގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށެވެ. އެ ހުރިހާ ވަގުތެއްގައި ވެސް އަދި ބައެއް ފަހަރު އުނދަގުލާ އެކުވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން އަޅުގަނޑު ފާހަގަ ކުރަމެވެ." ރައިސް ސޯލިހު ވިދާޅުވިއެވެ. އޮނަރަބަލް ފައްޔާޒަށް ރައީސް ސޯލިހު އެދިވަޑައިގަންނަވަނީ ބާއްޖަވެރި ދުވަސްތަކަކަށެވެ.

    ކުރިއަށް އޮތް ތަނުގައިވެސް އަލަށް އިންތިހާބުވާ ޗެއާޕާސަނަކަށް މާތް އައްލާހުގެ ވާގިފުޅާއެކު ރައީސް ސޯލިހުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެ ކަމަށް ވިދާޅުވަމުން އެމްޑީޕީ އަށް އަބަދުވެސް ކުރިއެރުން އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވެއެވެ. 

    އިސްތިއުފާދެއްވި ފައްޔާޒު އިސްމާއީލްގެ ޗެއަތޕާސަން ކަމުގައި ގައުމީ ބޮޑު ދެ އިންތިހާބުން އެމްޑީޕީ ފޭލިވެ މާލޭ މޭޔަރކަން އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.  

    ]]>
    Mon, 24 Nov 2025 14:56:14 +0500 މުއާޒު
    އެމްޑީޕީއަށް ނަޝީދުގެ ސައިޒް ދައްކާދިނީ ފައްޔާޒު https://heerasnews.com/3700 https://heerasnews.com/3700 ހަގީގަތް ކިތަންމެ ހިއްޗަސް ހަގީގަތަކީ ހަގީގަތެވެ. ވަކި ހިސާބަކުން ރޮގެއް ދަމާލައި އޭގެ ކުރިއަކީ ނެތް އެއްޗެއް ކަމަކަށް ނުހެދޭނެއެވެ. ކޮންމެ ހަމައެއް އެޅުވިޔަސް ފެންނަން އޮތް ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. އެމްޑީޕީއަށް ރައީސް ނަޝީދުގެ މުހިންމު ނޫންކަމަށް ދެއްކެވުމުގެ އިސް ދައުރެއް ފައްޔާޒު އަދާ ނުކުރައްވާ ކަމަކަށް ނުވާނެއެވެ. ރައީސް ނަޝީދަކީ މުހިންމު ބޭފުޅެއް ކަމަށް ފަހުން ވެގެން އުޅުއްވަނީ ވެސް ފައްޔާޒަށެވެ. ވިސްނާ މީހަކު ކަންކަމާމެދު ފިކުރުކޮށްލުމުން ނިއުޅެމުންދާ ހަގީގަތް ސާފުވާނެއެވެ.

    ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ހިންގުން ބަދަލުކޮށްގެން ވަކި މީހެއްގެ އަތްމައްޗަށް ގައުމުގެ ހިންގުމުގެ ބާރު ފުރޮޅާލުމަށް ކުރި މަސައްކަތުގައި އެމްޑީޕީގައި ރެނދުލާ ނުފެޅޭ ކަމަކަށް ވެސް ނުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ލިބުމުން މަޖިލީހުގެ ރައީސް ކަމަށް އިސްވީ އެމްޑީޕީގެ އޭރުގެ ރައީސެވެ. މަޖިލީހުގެ ރިޔާސަތުގެ ބާރުތައް އަތްޕުޅަށް ނެންގެވުމަށްފަހު ރައީސް ނަޝީދު ދެން ދިމާކުރެއްވީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފޮރޮޅާލުމަށެވެ. މިހުރީވެސް ހަގީގަތެވެ.

    ބަރުލަމާނީ ނިޒާމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާއި ސަރުކާރާއި ހިޔާލު ތަފާތުވެ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުތެރޭގައި އެމްޑީޕީގެ މައިގަޑަށް ލޮޅުއްއަރާ ރެނދުލިއެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް އިސްވެ ހުންނަވާ ސަރުކާރާ ދެކޮޅު ފިކުރުތަކާއި ހަރަކާތް މަޖިލީހާއި ޕާޓީގެ ތެރޭގައި ހިންގަން ފެށިއެވެ. 

    އެމްޑީޕީގެ ސެކެރެޓްރިޢޭޓްގެ ފުރިހަމަ ކޮންޓްރޯލް ރައީސް ނަޝީދުގެ އަތްޕުޅުގައި އޮވެމެ ބޭއްވި ދާއިރާ އިލެކްޝަންގައި ގައުމީ މަޖިލީހުގެ ކޮންޓްރޯލް ޕާޓީގެ ރައީސް ނަޝީދަށް ގެއްލުނެވެ. ރަނގަޅަށް އެމްޑީޕީ ދެފަޅިވީ ރައީސް ނަޝީދަށް ގައުމީ މަޖިލީހުގެ ކޮންޓްރޯލް ގެއްލި ޗެއަރޕާސަންގެ އިންތިހާބު ގެއްލުނު ހިސާބުންނެވެ. ރައީސް ނަޝީދު ތާއީދު ކުރެއްވި އިމްތިޔާޒް ފަހުމީ ބަލިކޮށް ރައީސް ސޯލިހުގެ ކެންޑިޑޭޓް ފައްޔާޒް އިސްމާއީލްއަށް ޕާޓީގެ ޗެއަރ ޕާސަންކަން ލިބުނުންނެވެ.

    ޕާޓީއާއި ސަރުކާރު އެއް މިސްރާބަކަށްވެ ރައީސް ނަޝީދު ބާކީކޮށްގެން އެމްޑީޕީ ހިންގައިގަތީ އެ ހިސާބުން ފައްޔާޒު އިސްމާއީލުގެ އާރުކާޓީ ކަމުގައެވެ. ނަތިޖާއެއްގެ ގޮތުން ރައީސް ސޯލިހުގެ އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއީލަކީ ސޯލިހު ސަރުކާރުގެ އަދީބު ކަމުގައި ސިފަކޮށް "ބްރޯ"ގެ ނަމުން ފައްޔާޒަށް ނަން ދިނެވެ. ފައްޔާޒު އިސްވެ ހުންނަވައިގެން ބޭއްވި ކޮންގްރެސް އިން ނަޝީދަށް އެމްޑީޕީން ދައްކާދިނީ އެމްޑީޕީގައި ނަޝީދުގެ ސައިޒެވެ.

    އެންމެ ފަހުން ފިކުރެއްގެ ދިރުން އުފަންވެ އިދިކޮޅަށްވުރެ އިދިކޮޅުވެގެން އެމްޑީޕީ އަކީ ވަގުންގެ ނެޓްވޯކެއް ކަމަށް ސިއްކަ ޖަހައިގެން ޕާޓީ ރޫޅާލަން ރައީސް ނަޝީދު ފާޅުގައި ނިކުންނެވުމުން ވާނެ ޑެމޭޖެއް ރިޔާސީ އިންތިހާބުގެ މާކުރިން އޮތީ އެމްޑީޕީއަށް ވެނިމިފައެވެ. އޭރު އެމްޑީޕީން ނަޝީދަށް ދޯކާއެއް ދިނިއްޔާ ދޭނީ ފައްޔާޒުގެ ފުރިހަމަ ބައިވެރިވުން ނެތިކަމަށް މީހަކު ގަބޫލެއް ނުކުރާނެއެވެ.  

    ]]>
    Mon, 24 Nov 2025 13:08:08 +0500 މުއާޒު
    ފައްޔާޒުގެ ހިދުމަތަށް ޝާހިދުގެ ޝުކުރު https://heerasnews.com/3699 https://heerasnews.com/3699 އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް އެމްޑީޕީއަށް އަދާކޮށްދެއްވި ހިދުމަތްތެރިކަމާއި ހިއްސާކުރެއްވި މުހިންމު ކަންތައްތަކަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފިއެވެ.

    ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ދުވަސްވަރެއްގައި އެމްޑީޕީގެ ލީޑަރޝިޕުގައި ފަސްޖެހިވަޑައިނުގެން ފައްޔާޒު އިސްމާއީލް ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރައްވާ ކަމަށް ޝާހިދު ވިދާޅުވެއެވެ.

    އެމްޑީޕީގެ ގަބޫލުކުރުންތަކާއި ހަމަތައް ދެމެހެއްޓެވުމަށް ޗެއަރޕާސަންގެ ހައިސިއްޔަތުން ކުރެއްވި މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރައްވާކަމަށް ޝާހިދު ވިދާޅުވެއެވެ.

    އެމްޑީޕީ ކުރިއަށް ގެންދިޔުމަށް ކުރިއަށް އޮތްތާ ކުރަންހުރި މަސައްކަތުގައި އިރުޝާދާއި ތާއީދާއި އެއްބާރުލުން ދެއްވުމުގައި ފައްޔާޒު އިސްމާއީލް ދެމިހުންނަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއެވެ. 

    އެމްޑީޕީގެ ޗެއަރޕާސަން ކަމުން އަލްއުސްތާޒު ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވީ ރޭގައެވެ. ފައްޔާޒު މަގާމުން އިސްތިއުފާދެއްވީ ރިޔާސީ އިންތިހާބަށް ވާދަކުރުމުގެ ހަމަހަމަ ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށްވެއެވެ. 

    ]]>
    Mon, 24 Nov 2025 11:21:37 +0500 މުއާޒު
    ސަރުކާރު ޓެކްސީ ލައިނާއެކު ބަޔަކު ބަނގުރޫޓްވާނެ https://heerasnews.com/3698 https://heerasnews.com/3698 ސަރުކާރުން ޓެކްސީ ލައިނެއް ހިންގުމަކީ ގެއްލުން ބޮޑު އެހާމެ ބޮޑު މުސީބާތަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. އާއްމު ރައްޔިތުންގެ އެތައް ބަޔަކު ބޮޑު އަގުދީގެންނާއި ލޯނު ނަގައިގެން ގަނެގެން ދުއްވާ ކާރުތަކާ ވޭނުތައް ދުއްވުން ހުއްޓާލަން ޖެހުމުގެ ސަބަބަކަށް ސަރުކާރުގެ ޓެކްސީލައިން ވެގެން ދާނެއެވެ. އެކަމުގެ ސަބަބުން އެތައްް ބަޔަކު ދަރަނިވެރިވެ ބަނގުރޫޓްވެ އެތައް އާއިލާއެއް ހާލުގައި ޖެހޭނެއެވެ.

    ގިނަ އަދަދެއްގެ ޑްރައިވަރުން ސަރުކާރުގެ ޓެކްސީ ލައިން ހިޔާރުކޮށްފިނަމަ އެތައް ސަތޭކަ ކާރަކާއި ވޭނެއް ހުއްޓި އެއްގަމުގެ ދަތުރު ފަތުރަށް ސްނާމީއަކަށް ސަރުކާރުގެ ޓެކްސީލައިން ނުވެއެއް ނުދާނެއެވެ. ކަލަސީންނަށް ނައު ބައުނުވާ އުސޫލުން ރިސްކު ފްރީކޮށް ޓެކްސީ ޑްރައިވަރުން އުޅެން ދިމާކޮށްފިނަމަ ސަރުކާރުގެ ޓެކްސީލައިންގެ ސަބަބުން ސަރުކާރަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުން ވާނެއެވެ. 

    ސަރުކާރުގެ ޓެކްސީލައިންގެ ޓެކްސީތައް މަރާމާތުކޮށް ބެލެހެއްޓުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހި ސަރުކާރުގެ ސަބްސިޑަރީ ޗޭނަށް އިތުރުވާ ބޮޅަކަށް ޓެކްސީ ލައިން ވެެގެން ދާނެއެވެ. އަނެއްކޮޅުން ސަރުކާރުގެ ޓެކްސީ ދުއްވާ ޑްރައިވަރުން އަމިއްލަ ޒިންމާގައި މިހާރު އުޅަނދު ބަލަހައްޓާހެން ސަރުކާރުގެ އުޅަދެއް ނުބަލަހައްޓާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ގްރައުންޑްވާ ވެހިކަލްތައް ސަރުކާރުގެ ޓެކްސީ ލައިނުގައި ގިނަވުމެވެ. އެހެންކަމުން ސަރުކާރުން ބަލަހައްޓަންޖެހޭ ނުކުޅެދޭ ދަރިއަކަށް ނޫނީ ޓެކްސީ ލައިނު ނުވާނެއެވެ. 

    އެތައް ބަޔަކު އާމްދަނީ ހޯދަން ތަރުތީބުވެގެން ހިންގަމުންދާ ދާއިރާއެއްގެ ތެރެއަށްވަދެ ސަރުކާރުން ޓެކްސީ ކުރަން އުޅުމުން ޓެކްސީތަކުގެ ފެންވަރު ދަށްވެ މިހާރަށްވުރެވެސް ޓެކްސީ ލިބުން ދަތިވުންނޫން ކަމެއް ސަރުކާރުގެ ޓެކްސީލައިން ތައާރަފްކުރުމުން ނުވާނެއެވެ. 

    ސަރުކާރުން ޓެކްސީލައިން ތައާރަފް ކުރުމަކުން ކާރޫބާރު ބޮޑު ތޮއްޖެހިފައިވާ އަޑިގުޑަން މާލޭގެ މަގުތައް ފުޅާވެ ބޮޑެއް ނުވާނެއެވެ. ތޮއްޖެހުމެއް ވެސް ނުކެނޑެނެއެވެ. ޓެކްސީ ކުރަން ސަރުކާރުން އަލަށް ވެހިކަލްތަމެއް މާލޭ މަގުމައްޗަށް ނެރުމުން އިތުރަށް ތޮއްޖެހުން ނޫންކަމެއް ނުވާނެއެވެ. 

    ސަރުކާރުން ބޮޑުހަރަދެއް ކޮށްގެން ގިނަ އަދަދެއްގެ ޓެކްސީތަކެއް ގަތުމުން ބަޔަކަށް ކަމިޝަނުގެ ގޮތުގައި އެތައް މިލިޔަން ރުފިޔާ ލިބޭނެއެވެ. ޓެކްސީ ލައިން ގާއިމުކުރުމުގެ ނަމުގައި ބަޔަކު ސަރުކަރުން ލޫޓުވާލުން ނޫން އެހެން މަންފާއެއް ސަރުކާރު ޓެކްސީ ލައިނަކުން ނުވާނެއެވެ. 

    ]]>
    Sun, 23 Nov 2025 12:21:31 +0500 މުއާޒު
    އަތޮޅު ކައުންސިލް އުވުމުން މާލޭގައިނޫނީ ލެޖިޓިމޭޓް މެންބަރުންނެއް ނުތިބޭނެ https://heerasnews.com/3697 https://heerasnews.com/3697 އިދާރީ ދާއިރާތައް ތަމްސީލުކުރާ މުއައްސަސާތައް އުވާލުމަކީ އިދާރީ ދާއިރާތައް އުވާލުމެވެ. އަތޮޅުތަކާއި މާލެއަކީ ގާނޫނު އަސާސީބުނާ އިދާރީ ދާއިރާ ތަކެވެ. އަތޮޅު ކައުންސިލް އުވާލައިފިނަމަ ގާނޫނު އަސާސީގައި ބުނާ އިދާރީ ދާއިރާވެސް އުވިގެން ދާނެއެވެ. އިދާރީ ދާއިރާތައް އުވުމުން އިންތިހާބީ ދާއިރާއެއް ނުއޮންނާނެއެވެ. އިންތިހާބީ ދާއިރާ ނެތިއްޖެނަމަ އެދާއިރާ ތަމްސީލުކުރާ ލެޖިޓިމޭޓް މެންބަރުންނެއް ނުތިބޭނެއެވެ. 

    ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް 19 އަތޮޅާއި މާލޭގެ ވާހަކަ 20 އިދާރީ ދާއިރާގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އިންތިހާބީ ދާއިރާތައް ކަނޑަ އަޅަނީ އެ 20 އިދާރީ ދާއިރާގެ ތެރެއިންކަން ވަރަށް ރަނގަޅަށް ގާނޫނު އަސާސީގައި ބުނެއެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ 20 އިދާރީ ދާއިރާ ތަމްސީލު ކުރަން ވަކި މުއައްސަސާއެއް ނުހުންނަ ގޮތަށް އަތޮޅު ކައުންސިލްތައް އުވާލެވިގެން ނުވާނެއެވެ. 

    ސިޓީތަކާއި ރަށްތައް ޢޭގެ އަމިއްލަ ޒާތުގައި މިނިވަންކަމާއެކު ހިންގުމުގެ އިހުތިޔާރު ލިބުމަކީ އެ އަތޮޅެއްގެ އަތޮޅުވަންތަކަން ގެއްލެންޖެހޭ ސަބަބެއްނޫނެވެ. ސީޔާސީ ގޮތުން ރާއްޖެ ބައިކޮށްފައިވާ ބައިކުރުން ކަމުގައި އަތޮޅުތަކުގައި ކޮންމެ އަތޮޅެއް ތަމްސީލު ކުރާނެ ގާނޫނީ އިދާރާއަކާއި ވެރިއަކު ހުންނަން ޖެހޭނެއެވެ. ކޮންމެ އަތޮޅަކަށްވެސް އެ އަތޮޅުކަމަށް ކަނޑައަޅާއިފައިވާ ސަރަހައްދަށް އޮންނަ ހައްގުތަކާއި ޒިންމާތަކެއް އޮންނާނެއެވެ. ވަކި ރަށެއްގެ އިހުތިސޯސުގައި ނުހިމެނި އަތޮޅުގެ އިމުގެ ތެރޭގައި އޮން ސަރަހައްދުތަކާއި ބިންތަކާއި ތަކެއްޗަށް ޒިންމާވާ ގާނޫނީ ބާރުވެރި ފަރާތެއް އަބަދުވެސް ހުރެއެވެ. ހުންނަންވެސް ޖެހެއެވެ.

    މީސް މީހުން ރަށްރަށަށާއި އަތޮޅު އަތޮޅަށް ނިސްބަތްކޮށްގެން ވަޒަންވަރިކަމާއި ރަށްވެހިކަން ދީގެން އުޅޭ ގައުމެއްގައި އަތޮޅަކީ ޖޯގްރަފިކް ނަމެއްގެ ގޮތުގައި ފުއްދާލެވޭ ވަރަށްވުރެ ދިވެހިންގެ ގައުމިއްޔަތާއި ގުޅިފައިވާ ރާއްޖޭގެ މައި ސިފައެވެ. ގާނޫނު އަސާސީގައި އެ ވާހަކަ އޮޅުމެއް ނެތް ވަރަށް ބަޔާންކޮށްފައި އެބައޮތެވެ.

    ރާއްޖޭގައި މީހުން އުޅެން ފެށީއްސުރެ އަތޮޅަކީ ވަކި ހާއްސިއްޔަތެއް އޮންނަ ގައުމިއްޔަތުގެ ރުކުނެކެވެ. އަތޮޅު ނެތި ރާއްޖެއެއް ނުއޮންނާނެއެވެ. އަތޮޅަކީ ޖޯގްރަފީ ގޮތުން ވަކި ސިފައެއް ލިބޭތީ ހަމައެކަނި ނަމެއްގައި އޮންނަ އެެއްޗެއް ނޫނެވެ. ސިޔާސީ ގޮތުން ރާއްޖެ ބައިކޮށްފައި އޮންނަ ބައިތަކަށް ކިޔާ ނަމަކީ އަތޮޅެވެ. އިދާރީ ހިންގުން މުޅިން ވަކީން މިނިވަން ކަމާއެކު ހިންގާތާ އެތައް ޒަމާނެއް ވެގެން ދިޔައިރު އަދިވެސް މާލެއަކީ ކ. މާލެއެވެ. 

    ]]>
    Sat, 22 Nov 2025 15:58:44 +0500 މުއާޒު
    އާދަމް އާޒިމަށްވުރެ ވަކީން މޮޅުގޮތެއް މާލެއަކަށް އަދި ނެތް! https://heerasnews.com/3696 https://heerasnews.com/3696 މާލެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އަވަސް ހައްލު ހޯދުމަށް ބޭނުންވާ ޒާތުގެ ހީވާގި މުރާލި ދުރުވިސްނޭ މޭޔަރަކު ހުއްޓާ އެނޫން ގޮތެއް ހޯދަން އުޅުމަކީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. މާލެސިޓީއަށް ބޭނުންވާ ހެޔޮބަދަލު ގެނެވޭވަރުގެ ގާބިލުކަން ހުރިހާ ގޮތަކުންވެސް ހުރިކަން ސާބިތުކޮށް ދެއްވާފައިވާ އާދަމް އާޒިމަށްވުރެ ވަކީން މޮޅުގޮތެއް މާލެސިޓީއަކަށް އަދި ފެންނާކަށް ނެތެވެ. 

    ވިއްސާރަވެ ބޯކޮށް ވާރޭވެހިއްޖެއްޔާ މާލޭގެ ރައްޔިތުން އުޅެމުން ދިޔަ ހާލުން ކުރުމުއްދަތެއްގެ ތެރޭގައި ސަލާމަތްވީ ދުރުވިސްނޭ ހިންގުންތެރި މުރާލި މޭޔަރެއްގެ ހިކުމަތު އަމަލާއި ބުރަ މަސައްކަތުންކަން އެއީ ފެންނަން އޮތް އެއް މިސާލެވެ. ވިއްސާރަ ވާއިރަށް މާލޭގެ އެކި ސަރަހައްދުތަކުގައި ނުނިދާ ހޭލާތިބެގެން ވެލި ބަސްތާ ޖެހުމަކީ ސިޓީ ކައުންސިލާއި ސިފައިނާއި ފުލުހުނާއި އެތައް ގެއެއްގެ އެތައް ބަޔަކު އެތައް އަހަރެއް ވަންދެން ކުރަމުން ދިޔަދިޔުން މާޒީއަށް ބަދަލުކޮށްލީ މޭޔަރ އާދަމް އާޒިމްގެ ހިއްވަރާއި ފަންވަރުންނެވެ. 

    22 ޖެނުއަރީ 2024 ގައި ހުވާކުރެއްވުމަށް ފަހު މާލޭ މޭޔަރ އެންމެ ބޮޑު އިސްކަމެއް ދެއްވި އެއްކަމަކީ މާލޭގައި ފެންބޮޑުވުން ހައްލުކުރެއްވުމެވެ. ފެން ބޮޑުވުމަށް އަވަސް ހައްލެއް ހޯއްދަވާ ދެއްވުމަށްޓަކައި އެންމެ ފުރަތަމަ ސަރަހައްދުތަކުގެ ޓެކްނިކަލް އެސެސްމެންޓު ހެއްދެވިއެވެ. އެންމެ ބޮޑަށް ފެންބޮޑުވާ 280 އަށް ވުރެ ގިނަ ގެއަށް މޭޔަރ ޓެކްނިކަލް ޓީމަކާއެކު ވަޑައިގެން ވެސް އެސެސްމެންޓުތައް ހެއްދެވިއެވެ.

    މިހިނގާ ދެއަހަރެއްހާ ދުވަހުގެ ތެރޭގައިވެސް 40 އަށްވުރެ ގިނަ އާއިލާ ފެން ބޮޑުވެގެން އަމިއްލަ ގޭގައި ނޫޅެވިގެން އެހެންތަންތަނަށް ވަގުތީ ގޮތުން ބަދަލު ކުރަންޖެހުނެވެ. ގެތަކުގައި އުޅޭ މީހުން ނުނިދާ ތިބެ ފެން ހިންދަން އުޅެންޖެހުނެވެ. ފެން ބޮޑުވުމުގެ ސަބަބުން ގޭގައި ހުންނަ ހުރިހާ މުދަލެއްހެން ހަލާކުވެގެން އުކާލަން ޖެހިފައި ހުރީ މަދެއްކޮށް ނޫނެވެ. އެތައް ދުއްވާ އެއްޗެއްގެ އިންޖީނު ހަލާކުވެ މާލީ ބޮޑެތި ގެއްލުންތައް މާލޭގައި ދިރިއުޅޭ މީހުނަށް ލިބުމަކީ މީގެކުރީން އާންމު ކަމެކެވެ. 

    ފެން ބޮޑުވާ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މޭޔަރ ވައުދުވެ ވަޑައިގަތީ ފެންބޮޑުވުން ހައްލުކޮށްދީ އެ ރައްޔިތުން އެތައް އަހަރެއްވަންދެން ތަހައްމަލު ކުރަމުން ދިޔަ ދަތި އުނދަގުލުން ނެރެދެއްވާނެ ކަމަށެވެ. ލަސްތަކެއް ނުވެ މޭޔަރެއްގެ ހުޝިޔާރުކަމާއި ހީވާގިކަމާއި ދުރުވިސްނުމުގެ ހެޔޮ އަސަރު މާލޭން ފެންނަން ފެށިއެވެ.

    ވިއްސާރަވާން ފަށާއިރަށް ވެލި ބަސްތާ ޖަހަން ބޭނުންވެގެން ކޯލްސެންޓަރަށް މާލޭން ލިބެމުން ދިޔަ އެތައް ސަތޭކަ ކޯލް އައުން ހުއްޓިއްޖެއެވެ. މާލޭގެ 280 އަށް ވުރެ ގިނަ ގެއަށް ފެންވަދެ އެތައް ރައްޔިތަކަށް އާދަކޮށް ބޮޑެތި ގެއްލުން ލިބެމުން އޭރު ދިޔަދިޔުން ހައްލުވެއްޖެއެވެ. މާލެއަކީ އެހުރިހާ ތަކުލީފްތަކުން ސަލާމަތްވެ ފެންބޮޑުވުމުގެ ނުރައްކަލުން މިންޖުވެފައިވާ ރަށަކަށް ބަދަލު ކޮށްލައިފިއެވެ. އާދަމް އާޒިމްގެ މޭޔަރުކަމަށް ދޮޅުއަހަރު ނުވަނީސް މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް ދެއްވައިފިއެވެ. ނަތީޖާ ނެރެދެއްވައިފިއެވެ. 

    ]]>
    Sat, 22 Nov 2025 14:27:15 +0500 މުއާޒު
    އެޖެންޑާ19 ފޭލިކޮށްލި ޕީޖީ ލީޑަރަށް އިތުބާރެއް ނެތް https://heerasnews.com/3695 https://heerasnews.com/3695 އެމްޑީޕީގެ ދެ ވެރިކަން ވައްޓާލަން އެއްރޮއްޖަކަށް ފޫގަޅައިގެން ނިކުމެ މަސައްކަތްކުރި މީހަކު ނިކުމެ އެމްޑީޕީގެ އަސާސްތައް ދަމަހައްޓަން އުޅޭ ވާހަކަ ދެއްކީމާ އަންނަނީ ހިންޏެވެ. ޑީއާރުޕީގެ ޒަމާނުގައި ކުރިއަށް ނިކުމެ އެމްޑީޕީގެ ވެރިކަން ބަގާވާތަކުން ވައްޓާލީ މެންބަރުން ރޮއިރޮއި ތިއްބައެވެ. އޭރު އެމްޑީޕީއަށް ވެލިކާންދޭން އުޅުނު ގޮތަށް ރޫޅާލަން އުޅެފައި އެނބުރި އައިސް އަސާސްތައް ދަމަހައްޓާ ވާހަކަ ދެއްކީމާ ގަބޫލުކުރާނީ ކާކުހެއްޔެވެ. 

    ތަސްމީނު ވެރިކަމަށް ކުރި ދަތުރުގައި ޑީއާރުޕީ ރޫޅި ބުރަ ބުރައިގެން ގޮސް ޔާމީނުގެ އަތްމައްޗަށް މައުމޫނިޒަމްގެ ބާރުތައް ދިޔުމުން ޑީއާރުޕީގެ ލީޑަރޝިޕްގައި ތިބި ބަޔަކު ތަސްމީނާއި އެކު އެމްޑީޕީއާ ގުޅުނެވެ. އޭގެ ތެރެއިން ގިނަ މީހުންވީ އެމްޑީޕީއަށްޓަކާ ބުރަ މަސައްކަތް ކޮށްދޭ އިހުލާސްތެރި ބަޔަކަށެވެ. އެމްޑީޕީއާއި ގުޅުނީއްސުރެ ދެގޮތެއްނުވެ އެމްޑީޕީގެ އަސާސްތައް ދެމެހެއްޓުމުގައި އޮނަރަބަލް ޝާހިދާއި ރޮޒޭނާ ފަދަ ބޭފުޅުން ކެނޑިނޭޅި ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެމްޑީޕީ އެ ބޭފުޅުންނަށްޓަކައި ފަހުރުވެރިވާ ވަރަށެވެ. އެކަމަކު އަލީ އާޒިމް އުޅުނީ ރޫޅާލާ ނޫން ގޮތެއް ހޯދޭތޯއެވެ.

    އަލީ އާޒިމްގެ ފުށުން އެމްޑީޕީގެ އަސާސްތައް ނަގަހައްޓާ ދެމެހެއްޓިތަނެއް ނުފެނެއެވެ. ޕީޖީ ލީޑަރކަމުގައި ހުރެ މަޖިލީހުގެ އޭރުގެ ރިޔާސަތާއި ގުޅިގެން އެޖެންޑާ 19 ފޭލިކޮށްލީއެވެ.  އިދިކޮޅަށްވުރެ އިދިކޮޅުވެގެން އެމްޑީޕީގެ ދެވަނަ ވެރިކަން ފޭލިކޮށްލަން ވެސް އަލީ އާޒިމް ނުކުރާ އެއްކަމެއް ނެތެވެ. ފިކުރެއް ދިރުވަން އުޅެ ފޭލިވެގެން އެމްޑީޕީ ދޫކޮށް ނިކުމެ އެމްޑީޕީ ނޫންގޮތެއް ހޯދަން މަސައްކަތް ކުރިއެވެ. އެމްޑީޕީއާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކުތައް އުފައްދާ ނަފްރަތު އުފައްދާ ޕީޕީއެމްއާއި ގުޅިގެން އެމްޑީޕީ ރޫޅާލަން މަސައްކަތް ކުރިއެވެ.

    އެންމެ ފަހުން ވަގުންގެ ނެޓްވޯކެއް ކަމުގެ ސިއްކަ އެމްޑީޕީގައި ޖަހައިގެން އެމްޑީޕީއާއި ދެކޮޅަށް މަސައްކަތްކޮށް ޑރ. މުއިއްޒު ވެރިކަމަށް ވެސް ގެނައީއެވެ. އެމްޑީޕީ ނޫން ގޮތެއް ހޯދަން ކުރި މަސައްކަތުން ރާކަނިމަސް ކެވި ހީކުރި ގޮތަށް އެމްޑީޕީގެ ކޮންޓްރޯލް ނުނެގި ސިޔާސީ ގޮތުން ބާކީވެ ނެގިގާގަޑަށް ބޮލިއެރިޔަސް އެމްޑީޕީގެ ވަފާތެރިންނަށް ކާކަކީ ކާކުކަން އޮޅުވައެއް ނުލެވޭނެއެވެ. އެމްޑީޕީގެ މެންބަރުންނަކީ ގަރަހިތަ ތަކެއް ނޫނެވެ.

    ރަނގަޅަށް ހިނގަ ހިނގާ ހުންނަ ކަންކަން ނޫން ގޮތެއް ހޯދައިގެން ބަދަލު ކުރުމަކަށް އެއްވެސް އިރަކު އެމްޑީޕީގެ މެންބަރުން ތަރުހީބެއް ނުދޭނެއެވެ. ނޫން ގޮތް ހޯދަން އުޅެގެން ނިކުތް ނަތީޖާތައް ހިތިވެފައި ގޯސްކަން އެމްޑީޕީ ގިނަ މެންބަރުންނަށް އެނގެއެވެ. އަދިވެސް ގަދަކޮށް އުޅެވެނީ އެމްޑީޕީ ރޫޅާލުމަށެވެ. ކިތަންމެ ގަދަކޮށް އުޅުނަސް އެޖެންޑާ19 ފޭލިކޮށްލި ޕީޖީ ލީޑަރަށް އިތުބާރެއް ނެތެވެ. 

    ]]>
    Fri, 21 Nov 2025 10:42:28 +0500 މުއާޒު
    ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރުއާން މުބާރާތް މިރޭ ފަށަނީ https://heerasnews.com/3694 https://heerasnews.com/3694 196 ބައިވެރިންނާއެކު ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ކީރިތި ގުރުއާން ކިޔެވުމުގެ މުބާރާތް މިރޭ ފަށާނެއެވެ.

    ތުޅާދޫ ސްޕޯރޓްސް ކުލަބުގެ މީޑިއާ ކޯޑިނޭޓަރ ޢަބްދުއްލާ ސިރާޖް, ހީރަސް ނިއުސްއަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވީ މި އަހަރުގެ ގުރުުއާން މުބާރާތް ކުރިއަށްދާނީ ނޮވެމްބަރ 20 އިން ނޮވެމްބަރ 22 ގެ ނިޔަލަށް ކަމަށެވެ. މި އަހަރުގެ މުބާރާތުގައި 196 ބައިވެރިން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފީގައި 126 ބައިވެރިން އަދި ނުބަލައި ކިޔެވުމުގެ ބައިގައި ވާދަކުރާ 70 ބައިވެރިންނެވެ. 

    މުބާރާތް ބެހިފައިވާ ބައިތަކަކީ:

    • ބޭބީ ނާސަރީ އަދި ނާސަރީ
    • ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ)
    • ކީ ސްޓޭޖް 1
    • ކީ ސްޓޭޖް 2
    • ކީ ސްޓޭޖް 3
    • ކީ ސްޓޭޖް 4
    • ކީ ސްޓޭޖް 5 (ކީސްޓޭޖް 4 ނިމި 19 އަހަރު ނުފުރޭ)
    • 19 އަހަރުން މަތި

    މުބާރާތް ފެށުމުގެ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ 20 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:00 ގައި ތުޅާދޫ ސްޕޯރޓްސް ކުލަބުގައެވެ. މި އަހަރުގެ މުބާރާތުގެ ވާދަކުރާ 115 އަންހެން ބައިވެރިން އަދި 81 ފިރިހެން ބައިވެރިންގެ ކިޔެވުން ކުރިއަށްދާނީ ކުލަބުގެ އިދާރާ ބ.ތުޅާދޫ، ބުލޫސްޓަރގައެވެ.

    މުބާރާތް ކުރިޔަށްދާ 4 ދަންފަޅިއަކީ:

    • ރޭގަނޑު 20:00 އިން 10:45 އަށް
    • ކޮންމެ ދުވަހެއްގެ ހެނދުނު 7:00 އިން 11:00 އަށް
    • މެންދުރު ފަހު 14:00 އިން 16:00 އަށް
    • ހަވީރު 16:00 އިން 18:00 އަށް

    ކީރިތި ގުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ވާދަކުރާނެ ފެންވަރު ރަނގަޅު ތުޅާދޫގެ ދަރިވަރުންނާއި އާންމު ރައްޔިތުންތަކެއް އުފައްދާ އެ ފަރާތްތަކަށް ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މާތް މަގުސަދުގައި ރަށު ފެންވަރު ރަނގަޅު ފާހަގަކޮށްލެވޭ މުބާރާތަކަށް މި މުބާރާތް ހެދުމަކީ ކުލަބުގެ މުއައްސިސުންނާއި، ހިންގާކޮމިޓީ އަދި އާންމު މެންބަރުން ހާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މާތް އަދި އެހާމެ ބުރަ މަސައްކަތެކެވެ. މި ގޮތުން، ކީރިތި ގުރުއާނާއިބެހޭ ގައުމީ މަރުކަޒުން ކުރިއަށް ގެންދިޔަ ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގައި ދެވަނަ ފަހަރު ތުޅާދޫ ސްޕޯޓްސް ކުލަބުގެ 7 ބައިވެރިއަކު މުބާރާތުގައި ތަމްސީލުކުރިއެވެ. އަދި، މުހައްމަދު އާރިކު އަހުމަދު ސޯލިހު، ކަރަންކާމާގެ، ބ. ތުޅާދޫ ބަލައިގެން ކިޔެވުމުގެ ރޮނގުން 5 ފޮތުގެ ބައިން ފަހުރުވެރި 2 ވަނަ ހާސިލްކޮށް ފުރަތަމަ ފަހަރަށް ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކުން ކުލަބަށް ފަހުރުވެރި ޝަރަފް ހޯދައި ދިނެވެ.

    މުބާރާތުގެ ވަނަތަކަކީ:

    • ފައުންޑޭޝަން ސްޓޭޖުން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
    • ކީ ސްޓޭޖް 1 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
    • ކީ ސްޓޭޖް 2 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
    • ކީ ސްޓޭޖް 3 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
    • ކީ ސްޓޭޖް 4 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
    • ކީ ސްޓޭޖް 5 ން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
    • 19 އަހަރުން މަތިން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ، 2 ވަނަ، 3 ވަނަ
    • މުޅި މިބާރާތުން، ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ތިން ބައިވެރިން

    މި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ހަނދާނީ ލިޔުމާއި، އިނާމާއި، ހަނދާނީ ފިލާއާއި އައްޑަނައިގެ އިތުރުން އަދި ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގަައުމީ މުބާރާތުގައި ކުލަބު ތަމްސީލުކުރި ބައިވެރިންނާއި އަދި ޝަރަފުވެރި ވަނަ ހާސިލުކޮށް ގައުމީ ފެންވަރުގައި ތުޅާދޫގެ ނަން ރަން އަކުރުން ފަވާލި ބައިވެރިންގެ އަގުވަޒަންކުރުމަށް ބޭއްވޭ، ތުޅާދޫ ސްޕޯރޓްސް ކުލަބުގެ 22 ވަނަ ގުރްއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު 01 ޑިސެމްބަރ 2025 އާއި 03 ޑިސެމްބަރ 2025 ދެމެދުގެ ތާރީޚެއްގައި ތުޅާދޫ ސްޕޯރޓްސް ކުލަބުގެ އިދާރާގައި ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

    ]]>
    Thu, 20 Nov 2025 14:46:07 +0500 މުއާޒު
    އަތޮޅުކައުންސިލް ނެތި އަތޮޅެއް ނުއޮންނާނެ https://heerasnews.com/3693 https://heerasnews.com/3693 އަތޮޅަކީ ރާއްޖެ ވަންތަކަމުގެ އެންމެ މުހިންމު މަސްދަރެވެ. ރާއްޖެ އުފެދިފައި ވަނީ ގުދުރަތީ 26 އަތޮޅުގެ މައްޗަށެވެ. ދައުލަތް ހިންގުމުގެ ފަސޭހައަށްޓަކާ ރާއްޖެވަނީ އިދާރީގޮތުން 20 އަތޮޅަށް ބައިކޮށްފައެވެ. 

    އަތޮޅުތަކުގައި މީހުން އުޅޭ ރަށްރަށާއި ފަޅުރަށް ރަށާއި ފިނޮޅު ފިނޮޅާއި ފަރުފަރާއި ހައުހަލާއި ފަޅުފަޅާއި ގިރިއާއި އެނޫންވެސް އެތައް ތަނެއް ހިމެނެއެވެ. މީހުންއުޅޭ ރަށްރަށުގެ އިހުތިސާސްގައި ނުހިމެނޭ އެތައް ފަޅުރަށަކާއި ފިނޮޅަކާއި ފަޅެއް ފުވައްމުލަކު ފިޔަވާ އެހެން ކޮންމެ އަތޮޅެއްގައި އޮވެއެވެ. އެހުރިހާ ތަންތަނެއް ސިޔާސީ ގޮތުން ބައިކޮށް މުޅި ސަރަހައްދު ނިސްބަތްވެފައި އޮންނަނީ ކޮންމެވެސް އަތޮޅަކަށެވެ. 

    އަތޮޅެއްގައި މީހުންއުޅޭ ރަށްރަށުގެ އިހުތިސާސްގައި ނުހިމެނި އަތޮޅެއްގައި އޮންނަ ސަރަހައްދުތަކަކީ އަތޮޅު ކައުންސިލް ނުވަތަ އަތޮޅު އޮފީހުގެ އިހުތިސާސްގައި ހިމެނޭ ތަންތަނެވެ. ރިސޯޓް ހެދުމަށް ނުވަތަ އިގުތިސޯދީ ކަމަކަށް ދޫކޮށްފައިވާ ރަށެއްގެ އިހުތިސާސްގައި ނުހިމެނޭ އެތައް ސަރަހައްދެއް ގިނަ އަތޮޅުތަކުގައި މިހާރުވެސް އެބައޮތެވެ. އެހެން އެކަން އޮއްވާ ރާއްޖޭގެ ސަރަހައްދުތަކެއް ރަށްމެދުވުމުގެ ސަބަބަކަށް އަތޮޅު ކައުންސިލްތައް އުވާލުން ވެގެންދާނެއެވެ. 

    އަތޮޅު ކައުންސިލް އުވާލުމުން އަތޮޅުވަންތަކަން ގެއްލި ރާއްޖޭގެ އެންމެ ހާއްސަ ސިފަ ގާނޫނީ ގޮތުން ގެއްލިގެން ދާނެއެވެ. އޭރަކުން ބ.އޭދަފުއްޓެއް ހދ.ހަނިމާދުއެއް ލ.ފޮނަދު އެއް ނުއޮންނާނެއެވެ. ތަމްސީލު ކުރާނެ އިދާރާއެއް ނެތި ކޮޅުމަޑުލެއް ހައްދުން މައްޗެއް ފާދިއްޕޮޅެއް ނުއޮންނާނެއެވެ.

    ]]>
    Thu, 20 Nov 2025 11:34:03 +0500 މުއާޒު
    ހިތަދުއަށް ޖަހާ ގޫގްލް ކޭބަލްކްލިޕުން ރާއްޖެއަށް އޮތީ ކޮންމޮޅެއް! https://heerasnews.com/3692 https://heerasnews.com/3692 ގޫގުލްގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް އައްޑޫ ސިޓީ ހިތަދޫގައި ބީއްސާލުމުން ރާއްޖެއަށް ވާނެ ސީދާ މަންފައަކީ ކޮބައިކަމެއް ސަރުކާރާއި ގޫގްލުއިން ހާމަކޮށްފައެއް އަދިނެތެވެ. އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމުން ގޫގުލްގެ ހިދުމަތް ހޯދާ އެހެން މީހުނަށް ނުލިބޭ ރާއްޖެއަށް ލިބޭނެ ސީދާ ފައިދާއަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް އެގެން ޖެހެއެވެ. 

    ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރ ކުރައްވާފައިވާ އަލްއުސްތާޒު ފައްޔާޒު އިސްމާއީލް ވިދާޅުވާ ގޮތުން ގޫގުލުން އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމުން ރާއްޖެއިން އަމިއްލައަށް ނެގެން އޮތް ބޮޑު ފައިދާއެއް ގެއްލިގެންދާނެއެވެ. އިންޑިއާ ކަނޑުގެ އަޑީން ދެބައްރު ގުޅުވާލަން އަޅާ ކޭބަލް ވިއުގައެއްގައި ކްލިޕް ޖަހާލަން ދިވެހި ނަމެއް ކިޔައިގެން ކްރިސްމަސް އައިލެންޑާއި ހިތަދޫ ސިޓީ ބޭނުންކޮށްލާ ކޮށްލުމުން ރާއްޖެއަށް އޮންނާނީ ކޮން ފައިދާއެއް ހެއްޔެވެ. 

    ސަބްމެރިން ކޭބަލް އަޅާ އައިސީޓީ ހަބަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ފަށާފައި ވަނިކޮށް އެ މަޝްރޫއު ވަޅުޖައްސާލާ ގޫގުލަށް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރުމަށް ފުރުސަތު ދިނުމަކީ ރާއްޖެ އަކީ މި ސަރަހައްދުގެ ޑޭޓާ އަދި ކަނެކްޓިވިޓީ ހަބަކަށް ހެދުމަށް އޮތް ފުރުސަތު ގެއްލިގެން ދާނެކަމެކެވެ. ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވާކް ފެސިލިޓީއެއް ރާއްޖޭގައި ގާއިމުކުރަން ބޭނުންވެގެން ގޫގުލުން ކުރިންވެސް ހުށަހެޅިއެވެ. ގޫގުލުގެ ހުށަހެޅުމަށް އެއްބަސްނުވެ ރާއްޖޭގެ ކޮންޓްރޯލް އޮތް ސަބްމެރިން ކޭބަލެއް އަޅައިގެން ރާއްޖެ އައިސީޓީ ހަބަކަށް ހެދުމުގެ މަސައްކަތް ފެށީ އެގޮތުގައި ރާއްޖެއަށް އޮތް ފައިދާ ބޮޑުކަމުންނެވެ. 

    އެފްރިކާއާއި މެދުއިރުމައްޗާއި އޭޝިއާ އާއި އޮސްޓްރޭލިއާ ގުޅުވާލަދޭ މައި ހަބަށް ރާއްޖެ ހެދުމުގެ މަސައްކަތް ފެށިފައި އޮއްވާ ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވާކް ފެސިލިޓީ ތަރައްގީކޮށް ހިންގުމުގެ ބާރު ގޫގުލަށް ދިނުމުން ރާއްޖެއަށް ލިބެން އޮތް އެތައް ފައިދާއެއް ގެއްލިގެން ދާނެއެވެ. ކުރީ ސަރުކާރުން އިންވެސްޓުކޮށްގެން ރާއްޖެއަށް ގެނައި ސަބްމެރިން ކޭބަލް އަކީ ފްރާންސުގެ މާސޭއިން ފެށިގެން ސިންގަޕޫރާ ހަމައަށް ދެމިގެންދާ 'އައިއޭއެކްސް-އައިއީއެކްސް' ކޭބަލެކެވެ.

    ރާއްޖޭގެ އިގުތިސޯދު ސިންދަފާތު ކުރުމަށް ހުޅުވުނު ދޮރެއް ބަންދުކޮށް ގޫގުލުން ކޭބަލް ކްލިޕް ޖަހާތަނަކަށް ރާއްޖެހެދުމަކީ ރައީސް މުއިއްޒަށް ކުރެއްވޭ މޮޅުކަމެއް ނޫނެވެ. މިވަރުކަމެއް ކުރާއިރު ކޭބަލް އާއި ސްޓޭޝަންތަކުގެ މިލްކުވެރިކަން ލިބެނީ ރާއްޖެއަށްކަން ނުވަތަ ނޫންކަން ރައްޔިތުންނަށް އެގެން ޖެހެއެވެ. ރާއްޖޭގެ ޑިޖިޓަލް ކުރިމަގު ރައްކާތެރިވަނީ ކިހިނަކުންކަމާއި ރާއްޖެއަށް ލިބެނީ ކޮން އެއްޗެއްކަންވެސް ރައްޔިތުންނަށް ސާފުވާން ޖެހެއެވެ. 

    ]]>
    Wed, 19 Nov 2025 15:24:59 +0500 މުއާޒު
    ގޭންގެއް ނެތް & އުތުރުން ދެކުނަށް ރާއްޖޭގައި ރައްކާތެރިކަމެއް ނެތް! https://heerasnews.com/3691 https://heerasnews.com/3691 ގޭންގަކީ "އިން ތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕެއް" ކަމަށް ރާއްޖޭގެ ގާނޫނު ބަޔާން ކުރެއެވެ. ޖިނާއީ ބޮޑު ކުށެއް ނުވަތަ އެފަދަ އެއް ކުށަށް ވުރެ ގިނަ ކުށް ކުރުމަށް ނުވަތަ އެނޫން ވެސ ޖިނާއީ ކުށްކޮށްގެން ސީދާ ގޮތެއްގައި ވިޔަސް ނުވަތަ ނުސީދާ ގޮތެއްގައި ވިޔަސް މާލީ ނުވަތަ އެނޫން ވެސް މާއްދީ މަންފާއެއް ހޯދުމަށް، ގުޅިގެން މަސައްކަތް ކުރާ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުންގެ މައްޗަށް އެކުލެވޭ އިންތިޒާމުވެފައިވާ ގްރޫޕަކީ ގޭންގެއް ކަމަށް ސާފުކޮށް ގާނޫނު ބުނެއެވެ. ގޭންގްގެ މާނައިގެ ތެރޭގައ،ި ގޭންގު، ކްރިމިނަލް އެންޓަޕްރައިސް، ކްރިމިނަލް ސިންޑިކޭޓް އަދި އެނޫން ވެސް ގްރޫޕްތައް ހިމެނޭ ކަމަށް ގާނޫނު ބުނެއެވެ. 

    ގާނޫނުގައި އެހެން އޮވެމެ، ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން ރާވައިގެން ކުށްކުރާ ގްރޫޕްތައް މެދުނުކެނޑި ރާއްޖޭން ފެނުނަސް  ރައީސް މުއިއްޒު ވިދާޅުވާ ގޮތުން ރާއްޖޭގައި ގޭންގެއް ނެތެވެ. އެކަމަކު ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަމަށް މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވެއެވެ. 

    ޑރ. ޖަމީލު ވިދާޅުވަނީ ގައުމެއްގެ ރައީސަކު މިހާ ގައިރު ޒިއްމާދާރު ވާހަކަ ދެއްކުމަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ. " ގޭންގެއް ނެތް، އެކަމަކު ރާއްޖޭގެ ދެކުނުން ފެށިގެން އުތުރަށް އެއްވެސް ރައްކާތެރިކަމެއް ނެތް" ކަމަށް ޖަމީލު ވިދާޅުވިއެވެ. މިސާލު ދައްކަވަމުން ޑރ ޖަމީލު ވިދާޅުވަނީ "އެއަރޕޯޓުން ރޯމާ ދުވާލު ބޮޑަތި ޢަދަދުގެ ފައިސާ ފޭރެނީ. މީހުން ގޮތްނޭގޭ ގޮތަށް މަރަނީ" ކަމަށެވެ. 

    ގޭންގަކީ ފައިސާއާއި ބާރާއި ރެކޮގްނިޝަނާއި ނުފޫޒު ފަދަ ތަފާތު އެކި މަންފާތައް ހޯދުމަށް ތަފާތު އެކިކަހަލަ ހަރަކާތް ހިންގަން އިންތިޒާމުވެފައިވާ ކުށް ކުރާ ޖަމާއަތަކަށް ކިޔާ ޖުމްލަ ނަމެވެ.

    ބައެއް މީހުން ސިފަކުރާ ގޮތުގައި ފަހުގެ ތާރީހެއްގައި އުފެދުނު އެންމެ ނުރައްކާތެރިކޮށް ރާއްޖޭގައި އޮޕަރޭޓްކުރެވޭ އެންމެ ބޮޑު ގޭންގަކީ ޕީއެންސީ އެވެ. ޕީއެންސީ ހިމެނޭނީ އޯގަނައިޒް ކްރައިމް ހިންގުމުގައި ކުރިން އޮތްކަމަށް ބުނާ ގޭންގްތައް ސުޕަރސީޑް ކޮށްފައިވާ ނުރައްކާތެރި ޖަމާއަތުގެ ގޮތުގައި ކަމަށް ދެކޭ މީހުން މަދެއްނޫނެވެ.

    އެހެން ކަމުން ގޭންގް ކުށްތައް މަނާކުރާ ގާނޫނު އުވާލާ ގޭންގުތައް ކަނޑައެޅުމަށް، ކަނޑައަޅާފައިވާ އިޖުރާއަތްތައް ވެސް ހުއްޓާލާ، ގޭންގު ކަމަށް ނިސްބަތްވާ މީހުންގެ ބޮލުގައި އަޅުވާފައިވާ ގޭންގު ސިއްކަ ނަގާ މިނިވަން ކުރުމަށް ގޭންގް ނެތްކަމަށް ހެދުން ނޫން ގޮތެއް ރައީސް މުއިއްޒަށް ނެތުނީތާއެވެ.

    ]]>
    Wed, 19 Nov 2025 13:50:24 +0500 މުއާޒު
    ލާރިއާއި މަގާމަށް ސިޔާސީ ނިންމުމެއް ނުނިންމަން: ރޮޒޭނާ https://heerasnews.com/3688 https://heerasnews.com/3688 އެމްޑީޕީގެ ޓިކެޓްގައި ރާއްޖޭގެ ރައީސްކަމާއި އެމްޑީޕީގެ ލީޑަރކަން އެތައް ދުވަހަކު ކުރެއްވި ބޭފުޅަކު އިދިކޮޅަށްވުރެ އިދިކޮޅުވެވަޑައިގެން ޕާޓީ ދޫކުރައްވާ ރޫޅާލައްވަން ނިކުމެވަޑައިގަތް ނިކުމެވަޑައިގަތުން ގޯސްނުވެ ރޮޒޭނާ ޕާޓީ ބަދަލުކުރައްވަން އުޅުއްވާކަމަށް އަޑުފަތުރައިގެން ހާސިލްވާނެ އެއްވެސް އެއްޗެއް ނުއޮންނާނެއެވެ. ފިކުރެއް ދިރުވަންއުޅެ ނުދިރިގެން ރޫޅާލަން ނިކުމެގެން ނުރޫޅިގެން އަނބުރާ ނެގި ގާގަޑަށް ބޮލި އެރިޔަސް ދެގޮތެއްނުވެ އެމްޑީޕީ ދިފާއު ކުރަން އުޅުނު ހީވާގި މެންބަރުން އެކަހެރިކުރަން ހީލަތްތެރި ހަމަލާތައް ސިޔާސީގޮތުން ދީގެންވާނެ މޮޅެއް ނުއޮންނާނެއެވެ. 

    މޭޔަރ އާދަމް އާޒިމާއި ރޮޒޭނާ އާދަމް ފަދަ ހިދުމަތްތެރި މެންބަރުންނަކީ އެމްޑީޕީ ބައެއް ނޫންކަމަށް ދައްކަން ހުއްޓާނުލާ ވަކި ބަޔަކު ކުރާ މަސައްކަތް ހުއްޓާލަން އެބަޖެހެއެވެ. އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުއްލާ ޝާހިދާއި ރޮޒޭނާ އާދަމް ފަދަ ބޭފުޅުންނަކީ ޑީއާރުޕީން ކަމަށް ބުނެ ފިތުނަ އުފައްދާ މީހުނަށް އަލީ އާޒިމަކީ ޑީއާރުޕީ މީހަކަށް ނުވާކަމީ އެހެން އެވާހަކަ ފަތުރާ މީހުންގެ ނިޔަތުގެ ނުބައިކަން އަންގާދޭ ހެއްކެކެވެ. 

    ހަގީގަތަކީ އެއީ ނޫންކަން ރޮޒައިނާގެ ތާރީހުން އެކަނިވެސް ސާފުވާނެއެވެ. ރޮޒޭނާ ވިދާޅުވާހެން އެމްޑީޕީއަށް ރޮޒޭނާ އާދަމް ސޮއި ކުރެއްވީ ރައީސް ޔާމީން ވެރިކަމަށް ހުވާ ކުރެއްވިތާ މަހެއް ވެސް ނުވަނީހެވެ. ރޮޒޭނާ ފަދަ ކެރޭ ހިއްވަރުގަދަ ކަނބަލެއް އެމްޑީޕީއަށް އެންމެ ބޭނުންވީ ދުވަހުއެވެ. އެ ދުވަހަކީ އެމްޑީޕީއިން މީހަކަށް ކަމެއް ކޮއްދެވެން އޮތް ދުވަހެއް ނޫނެވެ. 

    ޑީއާރުޕީން ސިޔާސީ ދަނޑަށް ނިކުމެ ވަޑައިގެން ރޮޒޭނާ އާދަމް ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގަތީއްސުރެ އެމްޑީޕީގެ ހިދުމަތުގައި އުޅުއްވީ އެމްޑީޕީ އުފެދުނީޢްސުރެ އެމްޑީޕީގައި އުޅުނު ގިނަ މެންބަރުންނަށްވުރެ މާ ބޮޑަށެވެ. މާ ހިދުމަތްތެރިކޮށެވެ. މާ ހީވާގިކޮށެވެ. މެންބަރުންނާއި ރައްޔިތުންގެ ލޯބި ހޯއްދަވައިގެންނެވެ. 

    ރައީސް ޔާމިނުގެ ވެރިކަމުގައި ހިނގާދިޔަ އަނިޔާއާއި ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅަށް އެމްޑީޕީ ތެދުވެ އަޑުއުފުލީ އިސް ސަފުގައި ރޮޒޭނާ ވެސް ހުންނަވައިގެންނެވެ. ޔާމީނު ވެރިކަމުގައި އެމްޑީޕީގެ ރެލީތަކާއި މުޒާހަރާތަކުގައި އެންމެ ބާރަށް އިވޭ އެއްއަޑަކީ ރޮޒޭނާގެ އަޑެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑިޕީގެ ސިޔާސަތުތައް ދިފާއުކޮށް އޭރުގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ހައްގުބަސް ބުނުމުގައި ދެގޮތެއް ނުވެ ދެމިހުންނެވިއެވެ. 

    އެމްޑީޕީގެ ވެރިކަމުގައި އެމްޑީޕީގެ ލީޑަރޝިޕްގައި ތިބި ބަޔަކު އެމްޑީޕީ ރޫލާލާ އެމްޑީޕީގެ ވެރިކަން ހަރާބުކުރުމަށް ކުރި މަސައްކަތާ ދެކޮޅަށްވެސް އެމްޑީޕީގެ ދިފާއުގައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ރޮޒޭނާއެވެ. އެމްޑީޕީ ދިފާއު ކުރެއްވުމުގައި ކުރިމަތިވެ ވަޑައިގަންނަވާ ފުރައްސާރައާއި ބަދުނާމަށް ނުބައްލަވާ އެމްޑީޕީއާއި އެމްޑީޕީ ސަރުކާރު ދިފާއު ކުރެއްވުމުގައި ރޮޒޭނާ ދެމިހުންނެވިއެވެ. 

    އެމްޑީޕީ ސަރުކާރު އޮތް އިރުވެސް ރޮޒޭނާ ހުންނެވީ ޕާޓީން ދިން މަގާމެއްގައެއް ނޫނެވެ. ރައްޔިތުން ވޯޓުދިން އިންތިހާބީ މަގާމެއްގައެވެ. އަނެއްކޮޅުން ރޮޒޭނާ އެމްޑީޕީގެ ހިދުމަތުގައި ރައްޔިތުންގެ މަޖިލީހުގައި ހުންނެވީ ބޭނުން އިރަކު ޕާޓީ ބަދަލުކުރުމުގެ ހިފެހެއްޓުމެއްނެތް ފުރުސަތު އޮވެއެވެ. ރިޝްވަތުގެ ހުތުރު ފައިސާގައި ހިފައިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ޕީއެންސީއަށް ބަދަލުވީ އިރުވެސް ރޮޒޭނާ ހުންނެވީ ސާބިތުކަމާއެކު އެމްޑީޕީގައެވެ. ޕާޓީ ބަދަލެއް ނުކުރައްވައެވެ. 

    އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްތަރކަން ކުރެއްވި މަހުލޫފު ފަދަ ބޭފުޅަކު އެމްޑީޕީ ދޫކުރައްވާ ވެރިކަންކުރާ ޕާޓީއާއި ދާދިފަހުން ގުޅިވަޑައިގަތުމަކީ ރޮޒޭނާ އެމްޑީޕީ ދޫކުރައްވާ ޕީއެންސީއާއި ގުޅިވަޑައިގަންނަވާނެ ކަމަށް ދެކެންޖެހޭ ސަބަބެއް ނޫނެވެ. ގިނަ އަދަދެއްގެ ފައިސާއާއި ބޭނުން މީހަކަށް ސިޔާސީ މަގާމު ހޯދާދެވެން އޮވެ ޕާޓީ ބަދަލުނުކުރެއްވި ހިތްވަރުގަދަ ރޮޒޭނާ ޕާޓީ ބަދަލުކުރައްވާ ވާހަކަ ދައްކަނީ އެމްޑީޕީން ރޮޒޭނާ އެކަހެރި ކުރަން ބޭނުންވެގެން އުޅޭ ބައެކެވެ. މިވަގުތު މި ސަރުކާރުގެ ކަންކަން ހުރިގޮތުންވެސް ރޮޒޭނާ މި ސަރުކާރަށް ތާއީދުކުރަންޖެހޭ ސަބަބެއްނެތްކަމަށް ސާފު ބަހުން ރޮޒޭނާ އެގެންދަވަނީ ވިދާޅުވަމުންނެވެ. ލާރިއާއި މަގާމަށް ސިޔާސީ އެއްވެސް ނިންމުމެއް ރޮޒޭނާ ނުނިންމަވައެވެ. 

    ]]>
    Tue, 18 Nov 2025 12:07:24 +0500 މުއާޒު
    ދިވެހީންގެރާއްޖޭގައި ގޭންގު ކުދިން ކާމިޔާބުކޮށްފި! https://heerasnews.com/3689 https://heerasnews.com/3689 ނޫނޭވާ މުއިއްޒު ކުޅަދާނައެވެ. އާޝޯހުވެ ތަލިން ކުޅު ހިކިއްޖެއެވެ. 8 މަސްދުވަހުގެ ތެރޭގައި ރަސްމާލެ ނުހިއްކި ދެއަހަރުވެގެން ދިޔަސް އެންމެ 8 މަސްދުވަހުގެ ތެރޭގައި 3600 އަށްވުރެ ގިނަ މެންބަރުން ހިމެނޭ ގޭންގުތައް ނައްތާލައިފިއެވެ. ގޭންގަކަށް ޝަރުތު ހަމަވާ އެންމެ ގޭންގެއްވެސް ރާއްޖޭގައި މިހާރު އޮތްކަމަކަށް ނުވެއެވެ. 

    ރާއްޖޭގައި ގޭންގެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވުމާއެކު ކުއްލިއަކަށް ހަނދާނަށް އައީ ވަރަށް ބޮޑު ވާހަކައެކެވެ. ރާއްޖޭގައި ގޭންގު ސްޓަރއެއް ކަމަށް މަޝްހޫރު މީހަކު ރިޔާސީ އިންތިހާބު މުއިއްޒަށް ކާމިޔާބު ވުމާއެކު ކުރި ޓްވީޓެއްގެ ވާހަކައެވެ. އެ ޓްވީޓްގައި އޭނާ ބުނެފައިވަނީ " ވީ ވޮން " އެވެ. އަހަރެމެންނަށް ކާމިޔާބު ވެއްޖެއެވެ. " މުއިއްޒުސެންބެ2023 " ޓެގްކޮށް އެހެން މީހަކު ރިޔާސީ ކެންޕޭން ތެރޭގައި ކުރި ޓްވީޓެއްގައި "އިންޝާއައްލާހު ގޭންގު ކުދިން ވިލް ވިން" އޭވެސް ލިޔެ ޓްވީޓް ކޮށްފައިވެއެވެ. އެބުނި " ގޭންގު ކުދިން" ނުވަތަ " އަހަރެމެން" އަކީ ގޭންގުތައް ކަމަށް ވެއްޖެއްޔާ އެއީ ވަރަށް ބޮޑު ތެދެއްކަން މިއަދު އެ ސާބިތުވީއެވެ. ވެރިކަމަށް މުއިއްޒު އިންތިހާބުވުމަކީ ހަމަ ރަނގަޅަށްވެސް ގޭންގުތަކަށް ލިބުނު ކާމިޔާބެކީތާއެވެ. 

    ކުރީގެ ވެރިކަން ތަކުގައި ގޭންގުތަކަށް މަދަދުވެރިވާ މެންބަރުންނާއި ގޭންގުތަކުގެ ޕްރޮކްސީގައި ހޮވިފައިވާ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތިބޭކަމަށް ކިޔާއުޅޭތީ އަހަމެވެ. މުއިއްޒު ވެރިކަމަށް އައިފަހުން އެ ވާހަކަ މީހުން ދައްކާ އުޅޭގޮތް ތަފާތެވެ. ގޭންގުތަކުގެ ޕްރޮކްސީގައި ހޮވިފައިވާ މެންބަރުންގެ އިތުރަށް ގޭންގު ސްޓާރުން މަޖިލީހުގައި ތިބިކަމަށް ކިޔާ މީހުން މިހާރު ލައްކަ ގިނައެވެ. މަޖިލީހުގެ 80 އެތައް މެންބަރުންނަކީ ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނަށް ވާއިރު އެ ބުނާ ގޭންގް ޕްރޮކްސީ މެންބަރުންނާއި ގޭންގު ސްޓަރުންގެ ގިނަ ބަޔަކު ތިބޭނީ ވެސް އޭގެ ތެރޭގައިތާއެވެ. 

    އަނެއްކޮޅުން ފުލުހުންގެ ރެކޯޑްތަކުން އެތައް ބައެއްގެ ކުށުގެ ރެކޯޑް ގާނޫނީ ގޮތުން ބާރު ލިބިގެން ނައްތާލާ ގޭންގުތަކަށް ޝަރުތު ކަނޑައަޅައިގެން ގޭންގު ކުށް ނައްތާލުމުގެ ގާނޫނު އިސްލާހު ކުރީމާ ގޭންގެއް ގޭންގު ކުށެއް ނުއޮންނާނެއެވެ. ކޮރަޕްޝަނަކީ ކޮރަޕްޝަނެއް ނޫންކަމަށް ގާނޫނަކުން ފާސްކޮށްގެން އެގޮތަށް ކޮރަޕްޝަން ވެސް ނައްތާލެވޭނެއެވެ. 

    އަޖައިބެއް ނުވާނެ ހެއްޔެވެ. ރާއްޖޭގެ އެތަންމިތާ ރާވައިގެން އެތައް ބަޔަކު ބައިވެރިވެގެން ހިންގާ ބޮޑެތި ކުށްކުށުގެ ވާހަކަ މެދުނުކެނޑި ދަނީ އިވެމުން ފެންނަމުން ތަޖުރިބާ ކުރެވެމުންނެވެ. ކުށުގެވެށި މުޅި ރާއްޖޭގައި މޫލާ ފެތުރެމުން ފުޅާވަމުން ދާއިރު މިއަދު ގޭންގާއި ގޭންގުކުށް ނެތިގެން އުޅެނީ މުއިއްޒު އެ ބުނާހެން ބަޔަކު އިސްލާހުވެ ކުށް ކުރުން ހުއްޓާލައިގެނެއް ނޫނެވެ. ކުށްވެރިންގެ ކުށުގެ ރެކޯޑްތައް ފުހެލާ ގޭންގުތަކަކީ ގޭންގުތަކެއް ނޫންކަމަށް ކަނޑައެޅީމައެވެ. މުއިއްޒު ވެރިކަމަށް ހޮވުމުން އެކަމުގެ އުފަލުގައި ޓްވީޓްކުރި ގޭންގު ސްޓަރ ބުނިހެން ހަގީގަތުގައިވެސް އެމީހުން ކާމިޔާބު ކޮށްފިއެވެ. 

    ]]>
    Tue, 18 Nov 2025 08:55:47 +0500 މުއާޒު
    އެންމެ ބޭނުންވި ވަގުތު އެމްޑީޕީ ދިފާއުކޮއްދެއްވީ ޢާޒިމް https://heerasnews.com/3687 https://heerasnews.com/3687 ‏އާދަމް އާޒިމް އެމްޑީޕީ އާއި ގުޅިވަޑައިގަތީ ޕާޓީއަށް އެންމެ ބޭނުންވި ވަގުތުގައެވެ. ދެއްކެވީ އެކުވެރިކަމާއި، ކެތްތެރިކަމާއި، ތަފާތު މީހުންނާއެކު މަސައްކަތް ކުރައްވާ ނަތީޖާ ނެރުމުގެ ނަމޫނާއެވެ.

    އެހާމެ ވާދަވެރިވާނެއެވެ. އެހެނަސް އެއްވެސް މީހަކާ އަދާވާތްތެރިއެއް ނުވާނެއެވެ. ދާނީ މުރާލިކަމާއެކު ކުރިއަށެވެ.

    އެމްޑީޕީއަށް އެންމެ މުހިންމުވި ގަޑީގައި ނިކުންނަވާ ހުދުމުހުތާރު ވެރިކަމަކާ ވާދަކުރައްވާ އާޒިމާ ބަލިކޮށް އެމްޑީޕީއަށް މާލެ މޭޔަރުގެ ގޮނޑި ހޯދައި ދެއްވީ ހަމަ އާދަމް އާޒިމެވެ. 

    އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީ ކައުންސިލަށް އިންތިހާބުވި ހުރިހާ ކައުންސިލަރުން ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވުމުން ވެސް މޭޔަރކަން ދިފާއު ކުރައްވާ އެމްޑީޕީގައި ދެމި ހުންނެވިއެވެ.

    ސަރުކާރުގެ ބޮޑު މެޖޯރިޓީ އޮތް ސިޓީ ކައުންސިލްގެ ތެރެއިން އެދޭ މާލެ ހޯއްދަވާ ދެއްވުމުގައި އިންޗި އެއްވެސް ދުލެއް ނުދެއްވާ އެމްޑީޕީގެ އާދަމް އާޒިމް އެ ހުންނެވީ ސާބިތުވެއެވެ. މިހާތަނައް ހަވާލުވި ހުރިހާ މަސައްކަތެއްގައި ސައްތައިން ސައްތަ ނަތީޖާ ވަނީ ނެރެދެއްވާވައެވެ.

    ‏މިއަދުވެސް ހުންނެވީ އެމް.ޑީ.ޕީއަށް ކާމިޔާބު ހޯދާދެއްވުމުގެ މަތިވެރި އަޒުމުގައެވެ. ނިކުމެ ހުންނެވީ އުނދަގުލުގައި މަސައްކަތް ކުރައްވައިގެން ވެސް ނަތީޖާ ނެރެދެއްވުމަށެވެ. 

    އެމްޑީޕީ ސަރުކާރުން ސަތޭކަ އެތަކެއް ރަށުގައި އެއްފަހަރާ ބޮޑެތި މަސައްކަތް ކުރަމުން ދިޔައިރު ޝައުގުވެރިކަމާއެކު އަމަލީގޮތުން އެތަން ތަނަށް ވަޑައިގެން ގާތުން ބައްލަވާ މުރާލިކަމާއި އެކު ބައިވެރިވެ ވަޑައިގެން ކާމިޔާބީތައް ހޯއްދަވައި ދެއްވިއެވެ. އާދަމް އާޒިމަކީ ހަގީގި އެމްޑީޕީ އާޒިމެވެ. 

    ]]>
    Mon, 17 Nov 2025 17:37:41 +0500 މުއާޒު
    މަޑަވެއްޔަށް ނަރުދަމާ ނުލިބި އަތްޖެހޭކަށް ނެތް: ޝަމީޒު https://heerasnews.com/3686 https://heerasnews.com/3686 3،000 މީހުންގެ އާބާދީއެއް އޮތް ގދ. މަޑަވެއްޔަށް ނަރުދަމާގެ ހިދުމަތް ނުލިބި އޮއްވާ އަތްޖެހެން ނެތްކަމަށް މަޑަވެލީ ދާއިރާގެ މެންބަރ މުހައްމަދު ޝަމީޒު ވިދާޅުވެއްޖެއެވެ. މަޑަވެއްޔަށް ނަރުދަމާގެ ހިދުމަތް ނުލިބޭހާ ހިނދަކު "އަޅުގަނޑުމެންނަށް ނެތް އަތްޖެހޭކަށެއް" ޝަމީޒު ވިދާޅުވިއެވެ.  

    ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރ ޝަމީޒު ވިދާޅުވީ  މަޑަވެލި މިއަދު އެއޮތީ ނަރުދަމާގެ އެއްވެސް ކަހަލަ ހިދުމަތެއް ނުލިބި ކަމަށެވެ. މުއިއްޒު ސަރުކާރުން ވެސް މަޑަވެއްޔަށް ކަމެއް ކުރެވިފައި ނެތްކަން ޝަމީޒު ފާހަގަކުރެއްވިއެވެ. 

    ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓު ބަހުސްގައި މަޑަވެލި ދާއިރާގެ ތިން ރަށުގެ ހާލަތު ބަޔާންކޮށް ދެއްވާފައިވާ ކަމުގައި ވިދާޅުވަމުން މަޑަވެލި ދާއިރާގައި ހިމެނޭ ރަށްރަށުގެ ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ނުދާ ސަބަބު އޮޅުން ނުފިލާ ކަމަށް ވިދާޅުވިއެވެ. އެކަންކަމާ ގުޅޭގޮތުން މަޖިލިސް މެންބަރުންނަށް އެކަށީގެންވާ ޖަވާބެއް ވެސް ނުލިބޭ ކަމަށް ވިދާޅުވެ މަޑަވެލި ދާއިރާގެ މެންބަރ ނުރުހުން ފާޅުކުރެއްވިއެވެ. 

    ގދ. ނަޑެއްލާ އާއި މަޑަވެލީގެ ނަރުދަމާގެ މަސައްކަތްތައް ފެށިތާ އެތައް ދުވަހެއް ފާއިތުވެފައިވީ ނަމަވެސް އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ރައްޔިތުންނަށް ނޭނގޭ ކަމަށާއި އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ސަރުކާރަކުންތޯ ވިދާޅުވެ މީގެ ހަތަރު މަސް ކުރިންވެސް ޝަމީޒު ވަނީ މަޖިލީހުގައި ސުވާލު އުފައްދަވާފައެވެ. 

    ދައުލަތުގެ ފައިސާ ހަރަދު ކުރަނީ ކޮން ކަމަށްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރޭތޯ މަޖިލިސް މެންބަރުން ބަލައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ކުރީން ވެސް ޝަމީޒް ވިދާޅުވަމުން ގެންދަވާފައިވެއެވެ. 

    ބަޖެޓުގައި އަކުރުތަކެއް ޖަހާފައި އޮތް ނަމަވެސް އެކަން ތަންފީޒު ނުކުރެވޭނަމަ ބަޖެޓު ވެގެންދަނީ ހަމައެކަނި ޖަހާލާ އަދަދުތަކަކަށް ކަމަށާއި މަޑަވެލީގެ ރައްޔިތުންގެ ގެދޮރުގެ ދަތިކަމުގެ ވާހަކަވެސް ތަކުރާރުކޮށް ދައްކަވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމަށް ހައްލު ނުލިބޭ ކަމަށާއި އަސާސީ އެހެން ހިދުމަތްތައް ވެސް މަޑަވެލި ދާއިރާގައި ނުލިބޭކަން މެންބަރ ޝަމީޒު ފާހަގަ ކުރެއްވިއެވެ. 

    ]]>
    Sun, 16 Nov 2025 15:44:07 +0500 މުއާޒު
    ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލާ ހަވާލެއް ނުކުރޭ: މޭޔަރ https://heerasnews.com/3683 https://heerasnews.com/3683 ހުޅުމާލޭ މުނިސިޕަލް ކައުންސިލްގެ ހިދުމަތް ދިނުން ހުރިހާ ވަސީލަތާއެކު މާލޭ ސިޓީކައުންސިލާ ހަވާލުކުރައްވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުން މާލޭ މޭޔަރ ދޮގުކުރައްވައިފިއެވެ. 

    ޕީއެންސީން މާލޭ އާޓިފިޝަލް ބީޗްގައި މިމަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި އެއްވުމުގައި ހުޅުމާލޭ މުނިސިޕަލް ކައުންސިލްގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން  ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު ޓެގްކުރައްވާ މާލޭ މޭޔަރ އާދަމް ޢާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ " މިއީވެސް ހައްދަވާފައިވާ ބޮޑު ދޮގެއް" ކަމަށެވެ. 

    މޭޔަރ އާޒިމް ވިދާޅުވެފައިވަނީ ހުޅުމާލޭ މުނިސިޕަލް ކައުންސިލްގެ ހިދުމަތް ދިނުން ހުރިހާ ވަސީލަތާއެކު މާލޭ ސިޓީކައުންސިލާ ހަވާލުނުކޮށް އެކަން ކުރެއްވި ކަމަކަށް ހައްދަވައިގެން ރައީސް ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. ހުޅުމާލޭ މުނިސިޕަލް ކައުންސިލްގެ ހިދުމަތް ދިނުން މާލެ ސިޓީ ކައުންސިލާ އަދިވެސް ހަވާލު ނުކުރާކަމަށް މާލޭ މޭޔަރ ވިދާޅުވިއެވެ.  

    ރައީސް މުއިއްޒު މިމަހުގެ 14 ވަނަ ދުވަހުގެރޭ އޮތް ޕީއެންސީ އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން " ހުޅުމާލެއަކީ ގާނޫނު އަސާސީ ބުނާ ގޮތުން މާލޭގެ އެއްބައި. އެހެން ނަމަވެސް ކުންފުންޏަކާ ހަވާލުކޮށްފައި އޮންނަނީ މި އޮތްހާދުވަހު. އަޅުގަނޑު އިންތިހާބުގައި ވަރަށް ބާރުމިނުގައި ދެއްކި އެކަން ނިމުމަކަށް ގެންނާނެ ކަމުގެ ވާހަކަ." ރައީސް ވިދާޅުވިއެވެ. އެގޮތުން "އަޅުގަނޑުމެން އޭގެ ތަފާތު މިދެއްކީ. އިންތިހާބަކަށް ބެލުމެއްނެތި ހުޅުމާލޭ މުނިސިޕަލްކައުންސިލްގެ ހިދުމަތް އެވަނީ މާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފަ" ވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަން ހަމަޖައްސާ ދީފައިވާނީ ހުރިހާ ވަސީލަތްތަކަކާއެކުގައި ކަމަށެވެ.

    ވެހިކަލްތަކާއި ސައިޓްތަކާއި ހުރިހާ އާލާތްތަކެއް ހަމަޖައްސާ ދީފައިވާނެ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް މުއައްޒަފުންނަށް މުސާރަދޭށްވެސް ސިޓީ ކައުންސިލަށް ނުޖެހޭނެކަމާށާއި މުއައްޒަފުންނަށް އެޗްޑީސީން މުސާރަ ހަމަޖައްސާ ދީފައިވާނެ ކަމަށެވެ. ރައީސްގެ މިވާހަކަފުޅުން ހުޅުމާލެ މުނިސިޕަލް ހިދުމަތްދިނުން ސިޓީ ކައުންސިލާއި ހަވާލުކުރީ މޮހަނަށް ދޯނިދޭ އުސޫލުން ކަމަށް ގަބޫލު ކުރެވެއެވެ.

    ]]>
    Sun, 16 Nov 2025 13:15:22 +0500 މުއާޒު
    ޖަމާއަތުގެ ބޮޑުކަން ދައްކާލުން: އިސްރާފާއި ފައިދާ 2 https://heerasnews.com/3685 https://heerasnews.com/3685 14 ނޮވެމްބަރ އަކީ ތާރީހެއް ނޫނެވެ. ކަމެއްގެ ނިމުމެއްގެ ފެށުމެކެވެ. މުޅި ރާއްޖެއިން ގެނެވުނީ 13،000 މީހުންކަމަށް މުއިއްޒު ކުރި އިއުލާނަކީ އޭނާގެ ނިމުން ގާތްވެފައިވާކަން އަމިއްލައަށް އިއުލާނު ކުރުމެކެވެ. 13،000 އަކީ ރާއްޖޭގައި ވޯޓު ލެވޭ އާބާދީއަށް ބެލިނަމަވެސް %5 އަށްވުރެ ދަށް އަދަދެކެވެ. ކޮންފަދަ ބޮޑު އިސްރާފެއްތޯއެވެ. ބައެއް ބޭބޭ ފުޅުން ތުހުމަތުކުރާގޮތުންނަމަ އެތަނުގައި ތިބޭނީ 7،000 އާއި 9،000 އާއި ދޭތެރޭ އަދަދެކެވެ. އަދަދަކަށް ޖަދަލު ކުރާކަށް ނެތީމެވެ. ބައެއް ކުދި ރަށްތަކުގައި ހުކުރު ދުވަހުގެ ނަމާަދަށް ބޭނުންވާ 40 ހަމަނުވާކަމަށް މަޖާޒީ ގޮތެއްގައި މީހަކު ބުންޏެވެ.

    ދައުލަތް ވަނީ އަނިޔާވެރި ސިހުރެއްގައި ޖެހިފައިވާ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި އަސާސީ ގޮތުން ބޭނުންވާ ބޭސް ލިބޭކަށް ނެތެވެ. ފުވައްމުލަށް އޮތީ ސާފު ބޯފެނަށް ޖެހިފައެވެ. އައްޑޫ ސިޓީ އޮތީ ކަރަންޓު ދިއުމުގެ ކޮޅިގަނޑަކާއި ކުރިމަތި ލައިގެންނެވެ. މަސްވެރިން ބާނާ މަހަށް ދޭނެކަމަށް ބުނި 20ރ އަދި ނުލިބެއެވެ. ބޮޑު ކަންނެލި މަސްވެރިން 100ރ ސީލިންގުގައި ތަތްކޮށްގެން ހިންދިރުވަނީއެވެ. ފުލެޓާއި ގޯތި މައްސަލައޮތީ އޮތްތާގައެވެ.

    ކުދި މެދު ފަންތީގެ ވިޔަފާރިތައް އޮތީ ވެންޓިލޭޓަރުގައި އޮކްސީޖަން ގުޅާފައެވެ. ޑޮލަރުގެ ކަޅު ބާޒާރުވަނީ މެކުހަށް ޖަހާފައެވެ. 20ރ އަށް ޑޮލަރެށް ގަންނަން ނުލިބެއެވެ. ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ އަހަރުން އަހަރަށް ބޮޑެވެ.

    ފުއްދާނެ ކަމަށް ބުނި ވައުދުތައް ހުރީ ފައިލުކޮށް ބޮޑުހަރުގަނޑުގައެވެ. ވައުދު ހަރުގަނޑުގައި ހުރީ ކޮން ވައުދުތަކެއް ކަމެއް ރައީސް މީހާއަކަށް ނޭގެއެވެ. މަގުމަތިން ހިނގާލާއިރު މީހަކު ފެނުނަސް އަދިވެސް ވަނީ ވައުދެވެ. ހަދަނީ ދޮގެވެ.

    ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ބޮނބިނަރަކުން ބަނދެފައި ބާވައޭވެސް ހިތައް އަރައެވެ. ކަރަންޓާއި ފެނާއި ގޭގެ ކުއްޔާއި އިންޓަރނެޓު ބިލުދައްކާފައި ދަރިންގެ ޓިއުޝަނަށް ލާރިދީފައި ކަންމަތީ ފިހާރައިގެ ދަރަނި އަދާވަނީ ހަމަ ކިރިޔަ ކިރިޔާއެވެ. ދެރުން އަދާކޮށް ނިމޭއިރު އަތުގައި ބާކީ އޮންނަ މިންވަރުން ގަނެވެނީ ދެގުޅަ ޕެނެޑޯލެވެ. ބާމު ފުޅިއެއް ބޭނުން ނަމަ އިތުރު 30 ދުވަސް މަޑުކުރަން ޖެހިއްޖެއެވެ. 

    ރަނގަޅެވެ. މުއީޒު ގާތުގައި ސަނާ ކިޔަން ތިބި މީހުންނަށް ދައްޗެއް ނެތެވެ. ބޭސްކުރަން ސިންގަޕޫރަށެވެ. ގޭގެ ނުވަތަ ގެތަކުގެ ކުއްޔާއި ކަރަންޓާއި ފެނާއި އިންޓަރނެޓުގެ ބިލު ދައްކާދެނީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިންނެވެ. ބައެއް ގިނަ މީހުން އިތުރު ކައިވެނިތައްކޮށް އެ މީހުންނަށް ވެސް އާމްދަނީ ހޯދަން ފަށައިފިއެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ނަހަމަ މަންފާ ހޯދުމުގެ ރެކޯޑުވެސް މުއިއްޒު ހަދައިފިއެވެ. 

    ގައުމު އޮތް ހާލަތު ރައްޔިތުންނަށް ހާމަވާނީ މިކަހަލަ ގޮތަކަށެވެ. ސަރުކާރާއި ދޭތެރޭ އޮތް އިތުބާރު ގެއްލިއްޖެއެވެ. ކުރާން އޮތް އުންމީދު ފުނޑު ފުނޑުވެއްޖެއެވެ. ދެން އޮތީ އަންނަ އަހަރެވެ.

    އަންނަ އަހަރު ސުކޫކަށް ފައިސާ ދައްކާ ދަރަނި އަދާކޮށް ނިމޭއިރު ދައުލަތް ހިންގަން ލިބޭނީ ކިހާވަރެއްތޯއެވެ. ބޭންކުން ނެގި 2.8ބިލިއަނުން ގައުމަށް ވާނީ ފައިދާތޯއެވެ. ޑޮލަރުގެ އަގު އަރާނީ މައްޗަށް ތޯއެވެ. މިއަދު 20.20ރ އަށް ގަންނަން ހާލުން ލިބޭ ޑޮލަރު ދެން ލިބޭނީ 23.40ރ އަށް ކަމަށް އިގްތިސާދީ މާހިރުން އެބަގޮވައެވެ. ޕެންޝަން އޮފީހުން ނަގަން ނިންމާފައިވާ 2.5ބިލިއަން ރުފިޔާއިން ދިވެހި ރުފިޔާގެ އަގު އިތުރަށް ދާނީ ވެއްޓެމުންނެވެ.

    ގައުމު ސަލާމަތް ކޮށްދެއްވާތޯ ދުޢާ ކުރުން ނޫން ކަމެއް ނެތެވެ. ހާލަތު ބަދަލުވުމަށް އެދި އެންމެން އެކުގައި މަސައްކަތް ކޮށް ކޮންމެވެސް ގޮތަކުން އަމާން އައްސޭރިއަކަށް ވާސިލުވުމަށް ބުރަ މަސައްކަތެއް ކުރުން ދިވެހީންގެ މައްޗަށް ލާޒިމު ވެއްޖެއެވެ. 14 ނޮވެމްބަރުގައި ފެނުނީ ސައިބޯނި ބޮތްކެކެވެ. އޭގައި އާރެއް ނެތެވެ. ބާރެއް ނެތެވެ. އެއީ ހަމަ އިސްރާފެކެވެ.

    ]]>
    Sun, 16 Nov 2025 11:56:50 +0500 މުއާޒު
    ޖަމާއަތުގެ ބޮޑުކަން ދައްކާލުން: އިސްރާފާއި ފައިދާ 1 https://heerasnews.com/3684 https://heerasnews.com/3684 ދައުލަތުގެ އާމްދަނީއަށް ފައިދާގެ ގޮތުގައި 100 މިލިއަން ވޭތުވެދިޔަ 2 އަހަރު ނުލިބެއެވެ. އެހެން ނަމަވެސް ދޮގުވެރިއެއްކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރާ މުއިއްޒުގެ ލަޝްކަރުގެ ބޮޑުކަން ދައްކަން ކުރި މަސައްކަތަށް 80 ވަރަކަށް މިލިއަން ދައުލަތުގެ ކުންފުނި ތަކާއި ޕްރޮޖެކްޓު ތަކުން ހޭދަކޮށްފައިވާ ކަމަށް ޕީއެންސީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބަޔަކާއި ހަވާލާދީ މަޢުލޫމާތު ލިބެއެވެ.

    “އަހަރުމެން މި ގެންނަނީ ރާއްޖޭގެ އަތޮޅުތައް އެއްކޮން، ރައީސަށް ތާއީދުކުރާ އަތޮޅުތެރޭގައި ތިބި އެންމެން މާލެ އަންނާނެ”. އިތުރަށް އޭނާ ބުނީ “މާލޭގައި ތިބި ސަޕޯޓަރުންނާއި އެކު މަދުވެގެން 80 ވަރަކަށް ހާސް މި އެއްވުމުގައި ބައިވެރިވާނެ”ކަމަށެވެ. ކަންތައް ނިމުނުއިރު މި ލިބުނީ ކޮޅުކެއްސެކެވެ. 

    ފުރަމާލެ އަންނަން ބޭނުންވެ އަތްމަތި ތާށިކަމުން ޑޮކްޓަރަށް ދައްކާލަންވެސް ބޭނުންވެފައިވާ އެތަށް ބަޔަކަށް ހިލޭ މާލެ އާދެވޭ ގޮތް ވުމަކީ އެ ބޭފުޅުންނަށް ލިބުނު ނަސީބެކެވެ. އެކަން ވެއްޖެއެވެ. ބޯނަހެއްގެ ގޮތުގައި 1500ރ އާއި 5000ރ ލިބުމަކީ މުއިއަޒުގެ ހެޔޮކަން ފެނުނު ކަމެކެވެ.

    އީސީގެ ބަލަދުވެރި ކަމުގައި އޮތް ސިޔާސީ ޕާޓީއެއްގެ އިސްނެގުމާއި ބެލުމުގެ ދަށުން 80 ވަރަކަށް މިލިއަން ހަރަދުކުރަން ފައިސާ ހޯދި ގޮތެއްވެސް ބަލާލަން ޖެހެއެވެ. އޭސީސީގެ ބަޖެޓު މަދުވެގެން ހުށަހެޅިފައިވާ މުއިއްޒުގެ މައްސަލަތައް ނުބެލުނަސް ދައުލަތުގެ އީދާރާތަކުން ގަނީމާކުރި ފައިސާތަކުގެ ތަފްސީލު ހޯދަން ޖެހެއެވެ. 

    ]]>
    Sat, 15 Nov 2025 21:20:11 +0500 މުއާޒު
    މުއިއްޒު ބޮޑުމަންޒަރު ދައްކަން އިސްރާފުކުރަނީ & ރައްޔިތުން ސަލާން ޖަހަނީ https://heerasnews.com/3682 https://heerasnews.com/3682 ‏އެއާރބަސް ޗާޓަރުކޮށް، ޓިކެޓްދީ، ކަނޑުތަރުކުރާ އެތަށް އުޅަނދެއް ކުއްޔަށް ނަގާ، ޕޮކެޓްމަނީއާއި ކެއުމާއި އެކޮމޮޑޭޝަން ދީގެން ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން މީހުން ގެނެސް ބޮޑުމަންޒަރު ދެއްކުމަށް 500 ލައްކަ ރުފިޔާ ހަރަދަށް ހިނގާކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރ އަބްދުއްރަހުމާން ( އައްދު) ވިދާޅުވިއެވެ. 

    އެމްޕީއައްދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވެފައިވަނީ މިކަމަށް ( ޕީއެންސީ ޖަލްސާއަށް މީހުން ގެންނަން) އަންލިމިޓެޑް ބަޖެޓް އޮތްވާހަކަ ވެސް އިވުނުކަމަށެވެ. 

    ބޮޑުމަންޒަރު ދައްކަން ފޫނެތް ބަޖެޓެއް އޮންނައިރު އަނގަޔާއި އަތާ ދިމާނުވާ ވާހަކަ ދައްކަވާތީ މި ބޭފުޅުން ( ސަރުކާރުން) ދައްކާ ވާހަކަ ގަބޫލު ނުކުރެއްވޭ ކަމަށް މީދޫ މެންބަރ ވިދާޅުވެއެވެ. 

    ފޫނެތް ބަޖެޓް ފައިބަނީ މަތިންތޯ އާއި މިކަމުން ހާސިލްކުރަން އުޅެނީ ކޮން ކަމެއްތޯ މީދޫ ދާއިރާގެ މެންބަރު ސުވާލު އުފައްދަވައެވެ.

    ސަރުކާރުން މި އިސްރާފު ކުރާއިރު އެމްޕީއައްދުއަށް ފެނިވަޑައިގަންނަވަނީ ވަޒީރު އަލީ އާރިފު ވިދާޅުވެގެން ރައްޔިތުން މަސްނެތް ގަރުދިޔަ ކައިގެން ބޭސް ސިޓީއަށާއި ބޭސް ފަރުވާއަށް ސަލާންޖަހަން ތިބިތަން ކަމަށެވެ.

    ]]>
    Sat, 15 Nov 2025 14:45:46 +0500 މުއާޒު
    ކިތަންމެ ބޮޑު ޖަލްސާއެއް ބޭއްވިޔަސް މުއިއްޒަށް އިހުތިރާމެއްނެތް: އަލީ ހުސައިން https://heerasnews.com/3681 https://heerasnews.com/3681 އަދުލުވެރިކަމާއެކު ޝަރީއަތްކޮށް ހުކުމް ނުކުރެވޭނެ ގައުމެއްގައި އިންވެސްޓުކުރަން ގިނަ މީހުން ބޭނުން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރ އަލީ ހުސައިން ވިދާޅުވެއެވެ. މަޝްހޫރު ލޯޔަރ އަލީ ހުސައިން ވިދާޅުވަނީ އިންސާފު ލިބޭނެކަމުގެ ޔަގީންކަން ހޯދައިދިނުމަކީ އެންމެ ބޮޑު ރައްކާތެރިކަން ކަމަށެވެ. އެހެން ކަމުން މަޖިލިސް މެންބަރުން ފަށް ރޯނުން ބަނދެ، ސުޕްރީމްކޯޓު މުށުތެރެއަށްލީމާ "ސޭފެއް" ނުވާނެ ކަމަށް އަލީ ހުސައިން ދެކެވަޑައި ގަނެއެވެ. 

    ރައްޔިތުން ތަބާވާނީ އެ މީހުންގެ ވެރިންނަށް ކަމަށް ވިދާޅުވަމުން އަލީ ހުސައިން ވިދާޅުވަނީ ރައްޔިތުން ރަނގަޅު މިސްރާބަކާ ދިމާލަށް ގެންދިއުމަކީ ސަރުކާރާއި އަދި ސީދާ ރައީސުލްޖުމްހޫރިއްޔާގެ ޒިިންމާއެއް ކަމަށެވެ. ރައްޔިތުން ބޭނުންވާނީވެސް އެ މީހުންގެ ބޭނުންތަކަކީ ކޮބައިކަމަށްބުނެ އެ މީހުންގެ ބޮލަށް، އެމީހުން ތަބާވާ ވެރީން ވައްދައިދޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވެއެވެ. 

    ޖުމްހޫރިއްޔަތަކީ ރައްޔިތުންނަށްޓަކައި އުފެދޭ ރައްޔިތުންގެ ވެރިކަން ކަމަށާއި ޖުުމްހޫރީ ނިޒާމެއްގައި ރައްޔިތު މީހާގެ ހަމައެކަނި ބާރަކީ 5 އަހަރުން އެއްފަހަރު ފަޅި ސިކުންތަކަށް ލިބޭ އެއްޗެއްގެ ގޮތުގައި އޮތްއޮތުން ބަދަލުވާން ޖެހޭކަމަށް ވެސް އުސްތާޒު އަލީ ހުސައިން ވިދާޅުވެއެވެ. އެހެނަސް ރަނގަޅުކުރަން އައި މީހުންގެ ހާލަތު އަދި މާބޮޑަށް ގޯސް ކަމަށް އަލީ ހުސައިން ވިދާޅުވެއެވެ.

    ދިވެހިންނަށް ހައްގު މިންވަރަކީ ދަރަނީގެ ކަސްތޮޅުން ބަނދެވި ތޮއްޖެހިފައިވާ ކާރޫބާރު ބޮޑު އެއްސަރަހައްދަކަށް އެންމެން ޖަމާވެ އަބަދުވެސް ހާސްކަމާއި އެކު ދިރިއުޅެން ޖެހުން ނޫން ކަމަށްވެސް ކެންދޫ ދާއިރާގެ ކުރީގެ މެންބަރ ވިދާޅުވެއެވެ. އަލީ ހުސައިން ވިދާޅުވާ ގޮތުގައި އިތުރަށް މި ސަރުކާރު ބާއްވައިގެން ގައުމުގެ ހާލަތު ގޯހުން ގޯހަށް ދިޔުން ނޫން ކަމެއް ނުވާނެއެވެ.

    ކިތަންމެ ބޮޑު އެއްވުމެއް ބޭއްވިޔަސް މި ސަރުކާރުގެ އަގެއް ނެތްކަމަށް މަޝްހޫރު ލޯޔަރ ވިދާޅުވިއެވެ. ރައްޔިތުންގެ ހިތުގައި ރައީސް މުއިއްޒަށް އިހުތިރާމެއް ނެތް ކަމަށް ވެސް އަލީ ހުސައިން ވިދާޅުވެއެވެ. 

    ]]>
    Sat, 15 Nov 2025 14:04:05 +0500 މުއާޒު
    ހީނާއަށް: ކެންސަރާ އަންހެން ކާޑުން ވައްކަން ހަލާލެއް ނުކުރެވޭނެ! https://heerasnews.com/3680 https://heerasnews.com/3680 ހީނާ ވަލީދަކީ ބަލިވުމުގެ ފައިދާ ނަގައިގެން ފާޅުގައި ބޮޑެތި ދޮގުހަދަމުންދާ ދޮގުވެރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަންހެނަކަށް ވީތީ މީހަކު ހީނާއަކަށް ފާޑެއް ނުކިޔައެވެ. ކެންސަރުގެ ބަލިމީހަކަށް ވިޔަތީވެސް މީހަކު ފާޑެއް ނުކިޔައެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ދައުލަތުގެ ޒިންމާދާރު ދެމަގާމް އަދާކުރާ މީހަކީ އަންހެނެއްތޯ ފިރިހެނެއްތޯ ފާޑުކިޔާކަށް ނުބަލާނެއެވެ. ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ދައުލަތުގެ ޒިންމާދާރު މަގާމްތައް އަދާކުރާ މީހަކަށް ފާރަވެރިވާނެއެވެ. ފާޑުކިޔާނެއެވެ.

    ބަލިހާލުގައި އުޅޭ ބަލި މީހުނަށް އާސަންދައިން ނުލިބޭ އެހީތެރިކަން ދިނުމަށާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުން އުފައްދާފައި ހުންނަ މުއައްސަސާއަކީ އެންސްޕާއެވެ. އެންސްޕާއިން ދިނުމަށް ކަނޑައަޅާ މަދު ފައިސާކޮޅު ބަލިމީހާއާއި ހަމައަށް ފޯރަން މަސް، ދެމަސް ނަގާ ދިގު ކިޔުއެއް އޮވެއެވެ. ރައްޔިތުންނަށް ބޭސްފަރުވާ ނުކުރެވިގެން ސަލާން ޖަހަމުން ދުވާކަން އެންސްޕާ ހިންގަންހުންނަ ހީނާއަކަށް ނޭނގެއެވެ.

    އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުން އުފައްދާފައި ހުންނަ މުއައްސަސާ އެންސްޕާގެ ވެރިއަކަށް ހުރެ މުއިއްޒުގެ އެމްއެމްޓީވީއަށް އެހީތެރިވުމަށް 34 މިލިއަން ރުފިޔާގެ ކޮރަޕްޝަނެއް ހިންގުމަށް ހީނާ މަގުފަހިކޮށްދިނެވެ. އާރާއި ބާރުގައި ތިބީތީ މަތިމައްޗަށް އެކަން ދޮގުކުރެވިދާނެއެވެ. ދެފުށް ފެންނަ ރަނގަޅު ތަހުގީގެއް ހިންގައިފިނަމަ ޔަގީނުންވެސް ހީނާއަށް އެކަމުން ބޯދަމައި ނުގަނެވޭނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. 

    އަނެއްކޮޅުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަންގެ ގޮތުގައި ހުރެގެންވެސް ގިނައިން ހަދަނީ ރޯމަރު ދޮގެވެ. ރައްޔިތުންނަށް ކަންކަން އޮޅުވާލުމާއި ސަބަބުވެރި އިންސާނާގެ ސިކުޑިއަށް ގަބޫލު ނުކުރެވޭ އެތައް ވާހަކައެއް މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ހީނާ ވަލީދު ވަނީ ދައްކާފައެވެ.

    ބޮޑު މަގާމާ ޖެހުމުން ހީނާއަކީ ބަލިހާލުގައި ގޮތް ހުސްވެފައި އޮތްއިރު ބޮޑެތި ފައިސާގެ އަދަދުން އެހީތެރިވީ މީހުން މަތިން ހަދާން ނައްތާލައިގެން އުޅޭ ހިތުގައި އިހުސާންތެރިކަމުގެ ކަންފުޅެއްވެސް ހުރި އަންހެނެއް ނޫންކަމަށް އެމީހުން ބުނެއެވެ. އެވަރު މީހަކު މީހުން އެއްކޮށްގެން އެހެން މީހުންގެ އިންސާނިއްޔަތުކަން ނުހުންނަ ވާހަކަ ދައްކަން ލަދު ނުގަންނަކަމެވެ.

    ގިސްލަ ގިސްލާފައި މީހުން އެއްކޮށްގެން ތަހައްމަލު ކުރި ކެންސަރ ބައްޔާއި އަންހެން ކާޑް ކުޅެގެން ހަމްދަރުދީ ހޯދަން އުޅޭނެ ކަމެއްނެތެވެ. ހީނާއަށް ފާރަވެރިވެ ފާޑު ކިޔަނީ ބައްޔެއް ޖެހިފައި ހުރި އަންހެނަކަށް ވެގެނެއް ނޫނެވެ. ދައުލަތުގެ ޒިންމަދާރު ދެ މަގާމެއްގައި ހުރެ ހިޔާނާތާއި ފަސާދައާއި ކޮރަޕްޝަން ހިންގާކަމަށް އެތައް ބަޔަކަށް ގަބޫލު ކުރެވޭތީއެވެ. ކެންސަރު ޖެހުމާއި އަންހެނަކަށް ވުމުގެ ނާޖާއިޒު ފައިދާ ނަގައިގެން ހަމްދަރުދީ ހޯދަން ހީނާއެއް ކަމަކު އުޅޭނެކަމެއް ނެތެވެ. 

    ]]>
    Sat, 15 Nov 2025 12:16:37 +0500 މުއާޒު
    ބޯކެނޑި މަހާނަ މައްޗަށް މަޑިއަށްޖެހޭ ޖަނާޒާ https://heerasnews.com/3679 https://heerasnews.com/3679 މާލޭ އާޓިފިޝަލް ބީޗްގައި ދެގާޖެހި މަހާނައެއް ތައްޔާރުކޮށް ޕީއެންސީގެ ޖަނާޒާއަށް މީހުން މާލެ އަރައިފިއެވެ. މަހާނަގަލުން ބޯކެނޑިޔަސް މަހާނަ ވާނީ މަހާނައަށެވެ. 

    ތަޖުރިބާ ކާރުން ބުނާގޮތުގައި ދެ އަހަރު ވަންދެން އަމިއްލަ ސަންދޯކަށް ޕީއެންސީ މޮހޮރު ޖެހުމަށްފަހު މިރެއަކީ ޕީއެންސީގެ ޖަނާޒާ ބާއްވާ ރެއެވެ. މަތިންނާއި ކަނޑުން މީހުން އައިސް ޕީއެންސީގެ ޖަނާޒާ މިރޭ ބާއްވާނެއެވެ. 

    މިރެއަށް ފަހު އެ އެންމެންގަނޑުގެ ކަމަކަށް އޮންނާނީ އަޑުން އަޑުނަގާ ރުއިމެވެ. ކުރެވުނު ކަންތަކަށް ހިތާމަކޮށެވެ.ބޯކެނޑި މަހާނަ މައްޗަށް މަޑިއަށްޖެހުމާއި ލުޓޭރުން އެއްތާކުން ޖަނާޒާގައި ދައްކާލުމުންނެވެ.  ސިކުނޑިތައް ސުމަކަށްގޮސް އާދެވުނު މޮޔަހީވެ ހިތާމަކުރުމުގައި ގިނަ ބަޔަކު އުމުރު ހުސްކުރަން ފަށާ ތާރީހީ ޖަނާޒާއަށް މަރުހަބާއެވެ.

    ޕީއެންސީ ސަންދޯކުއަޅާ ޖަނަޒާ ބޭއްވުމަށް ފަހު ފިލާ ރައްކާވާނީ އެކޭ ބުނާކަށް ނެތީމެވެ. އަންނަ އަހަރަށް ދައްކަން ހުރި ދަރަންޏަކަށް ދަރަންޏެއް އޮތް ގޮތަކަށް ބާއްވަފައި ތިބި ހާލަކަށް ދޫކޮށްލާފާ ލޫޓުވާލައިގެން ފިލާރައްކާވުމަށް ތައްޔާރުވެ ޖަނާޒާ ބާއްވަނީއެކޭ ބުނާކަށްވެސް ނެތީމެވެ. 

    ]]>
    Fri, 14 Nov 2025 18:27:19 +0500 މުއާޒު
    ބާއްވާ ބޮޑު ޖަލްސާއަކުން ތާއީދެއް ނުފެންނާނެ. https://heerasnews.com/3678 https://heerasnews.com/3678 ‏ވިސްނާ ވިސްނާވެސް ޕީއެންސީ ވެރިކަމަށް ދެއަހަރު ފުރުން ފާހަގަ ކުރަން ދާންޖެހޭ ސަބަބެއް ހަމަ ނުވިސްނުނެވެ. ނެތްވަރު ދައްކާފައި ނެތް ފައިސާ ހަރަދުކޮށްގެން އެކިކަންކޮޅުން މީހުންގެނެސްގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ.

    ބޮޑު ހަރަދުކޮށްގެން މަޝްހޫރު ފިލްމް ސްޓާރުން ލައްވާ ވީޑިއޯ ކްލިޕްތައް ހަދައިގެން ފަތުރަމުންދަނީ ހިލެއަކު ނޫނެވެ. ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދު ދީގެން މީހުން އުފުލުމަކީވެސް ކޮންމެތާކުން ކުރިޔަސް ކުޑަކުޑަ ހަރަދެއް ނޫނެވެ.

    މިވަރުގެ ކެމްޕެއިނެއް ހިންގައިގެން ބަޔަކު އެއްތަން ކުރަނީ ކާކަށް ކޮން އެއްޗެއް ދައްކަން ހެއްޔެވެ. މާލެ ޖައްސާލަން ބޭނުންވެފައި ތިބިއެތައް ބަޔަކަށް ހިލޭ ޓިކެޓް ލިބުމުން މާލެ ނާންނާނެ ކަމެއް ނެތްތާއެވެ. ބަޔަކު ބައިހަދާފައި ދައުލަތް ލޫޓުވާއިރު އެމީހުން އަތުން ޓިކެޓްގަޑެއް ވެސް ލިބުމަކީ ލައްކަވަރެއް ކަމަށް ދެކިގެން މާލެ އަންނަ މީހުންވެސް އުޅޭކަމަށްވެއެވެ.

    ރާއްޖެ އޮތް ހާލަތަށް ވިސްނާ ހަމަ ބުއްދި ހުރި އެކަކުވެސް މުއިއްޒު ކުރަން އުޅެނީ ހަމަޖެހޭ ތާކުންތާކުޖެހޭ ކަމެއްކަމަކަށް ގަބޫލެއް ނުކުރެއެވެ. ކުޑަމިނުން ބުރަދަނެއް އޮތް އިންތިހާބެއްވެސް ކުރިމަތީގައި އޮތިއެއް ނޫނެވެ. ސަރުކާރެއްގެ ނިސްބަތުގައި ކައުންސިލް އިންތިހާބަކީ އެތެރިގޭ އިންތިހާބެކެވެ. ސަރުކާރު ދެމިއޮތުމާ ކައުންސިލް އިންތިހާބާ ގުޅުމެއް އޮންނަނީއެއް ނޫނެވެ. 

    ސަރުކާރަށް ރައްޔިތުންގެ ރުހުން އޮތްކަން އާރާބާރުގައި ތިބެގެން ބާއްވާ ބޮޑު ޖަލްސާއަކުން ސާބިތުކޮށެއް ނުދެވޭނެއެވެ. މިނިވަން އިންތިހާބަކުން ނޫނީ ރައްޔިތުންގެ ތާއިދު އޮތްވަރެއް ނޭނގޭނެއެވެ. ހިއްވަރެއް ހުރިއްޔާ ސަރުކާރާމެދު ރައްޔިތުންނަށް ފެންނަ ނުފެންގޮތް ބަލައިލަން މުޅި ރާއްޖޭން ފެންނަ ނުފެންނަ ވޯޓެއް ނަގާ ބަލާށެވެ. ހުތުރުގޮތަކަށް ގިނަ ބަޔަކު މުއިއްޒަށް ނޫނެކޭ ބުނާތަން ފެންނާނެއެވެ.

    ]]>
    Thu, 13 Nov 2025 19:59:28 +0500 މުއާޒު