Maldives Real Time Facts & ހީރަސް https://heerasnews.com/rss/author/abdhullamuazgmailcom Maldives Real Time Facts & ހީރަސް dv ކޮޕީރައިޓް: Heerasnews llp (P013622021) އަޒާނަށް: ވެއްޓޭތަން ފެނި މޭކަރަނީތަ! https://heerasnews.com/2989 https://heerasnews.com/2989 އަޒާނެވެ. ހެދުނު ދޮގު އަދިވެސް މަދީހެއްޔެވެ. ތިޔަވަރަށް ތިޔަ ދޮގުހަދަނީ ކާކު ކޮން އެއްޗެއް ގަބޫލު ކުރާނެ ކަމަށް ހެއްޔެވެ. އަޒާނުމެން ދައްކާ ވާހަކަ ގަބޫލުކުރާ މީހަކު ނެތެވެ. 

އެމްޑީޕީގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ރިޒާވްގައި ދެ ހަފްތާގެ ކާޑް ގަންނާނެހާ ފައިސާ ނެތްނަމަ މުއިއްޒު ވެރިކަމުގެ ފުރަތަމަ މަހު ރާއްޖެއަށް ކާޑުގަތީ އަޒާނުމެން ޗާލީ ތުއްތު ބުނާ ކަހަލަ އެއްޗެހި ބާލައިގެން ހެއްޔެވެ. ނޫނީ މަތިން ދޮލަނގު ބާވާލެއްވީ ހެއްޔެވެ. 

ކަޅުދިގު ހޮޅިވެރިކަމުގައި ދޮގު ވިއްކޭނީ ވަކިވަރަކަށެވެ. ކިތަންމެ ބޮޑު ތެދެއް އަޒާނު ހެއްޖަސް ގަބޫލުކުރާނެ މީހަކު ދާދި މަދެވެ. މޮޔައެއްގެ އަތަށް ކަނޑިއެއް ލިބިގެން ހޫރާ ނެގުމަކުން ކައިރިއަށް ގޮސް އަމިއްލައަށް ކަތިވާކަށް މީހަކު ނޫޅެއެވެ. 

ރައްޔިތުން ނިކުމެ މޮޔަމީހާ އަތުން ކަނޑި އަތުލާ މަންޒަރު ދެކޭކަށް އަޒާނަކަށް ފަސޭހައެއް ނުވާނެއެވެ. ތުރުތުރު އަޅާނެއެވެ. މޮޔަ ގޮވޭނެއެވެ. ބަޔަކު ހައްލައިލެވޭތޯ މަތިމައްޗަށް ދޮގު ހެދޭނެއެވެ.

އަމިއްލަ ކަރަށް ދަންމަޅި އަމިއްލައަށް މަހާލައިގެން އެއީ އެންމެ މޮޅުގޮތް ކަމަށް ދެކިގެން ހުންނަ މަރުމޯލަކަށް ވަކިވާނީ ކޮން ތަންދޮރެއް ހެއްޔެވެ. ތިޔަށްވުރެ ވަކީން ބޮޑަށް ރައްޔިތުންގެ އިތުބާރު ގެއްލުނު ބަޔަކު މި ގައުމުގައި ވެރިކަމެއް ނުކުރެއެވެ. 

ފިރުއައުނަށް ސަނާކިޔާ އެއްކައުވަންތަ ކުރުރުވަންވެސް ތިޔަފާޑުގެ ބައިގަނޑެއް އުޅުނެވެ. ހިޓްލަރާއި ޕީނަޗޭއާއި މުގާބޭ ގާތުގައިވެސް ތިޔަހެން ބަޔަކު ތިއްބެވެ. ގޮޓަބަޔާ އާއި ހަސީނާ ވެސް ތިޔަ ފާޑަށް ފުއްޕިއެވެ.

ރައްޔިތުންގެ ބާރަކީ ތިޔަކިޔާ ކުރީސަރުކާރު ލަވައަކުން ކަނޑުވާލެވޭނެ އެއްޗެއް ނޫނެވެ. ރައްޔިތުންގެ ފަޅިއަކީ ގައުމުގެ ބޮޑު އާބާދީގެ ފަޅިއެވެ. މަހު އެއްޗެތިކޮޅު ލިބޭ ގުނބޯލުންގެ ފަޅިއެއް ނޫނެވެ. 

ދެހަފްތާ ކާޑޭ ކުރީ ސަރުކާރޭ ދަރަންޏޭ އަލަމްގިރިއޭ ރޯޔަލް ރޭޕޭ ނޮވެމްބަރ ތިނެކޭ ކިޔައިގެން ޗިޕްޖަހައިގެން ޖައްބާރުކަން ދެމެހެއްޓިދާނެ ކަމަށް ހީނުކުރާށެވެ. މޮޅު ވާހަކަ ދައްކައިގެން ވައިނޮޅީގައި ދަތް އަޅައިގެން ތިބެވޭނެ ކަމަށް ހީނުކުރާށެވެ. 

]]>
Fri, 06 Dec 2024 22:08:04 +0500 ހީރަސް
ކުރިއަށް ނެރެގެން ތިބީ އަނިޔާވެރިކަން https://heerasnews.com/1834 https://heerasnews.com/1834 މިހާ އަވަހަށް ބަދަލު ހިފުމުގެ ވާހަކަ ދައްކަން ފަށައިފިއެވެ. އަނިޔާވެރިކަމާ އިސްކުރުމުގެ ވާހަކަ ގުގުމާލައިފިއެވެ.

މުއިއްޒުގެ ވެރިކަން ނިމެންދެން ރައީސް ސޯލިހު ބަހައްޓާނީ ޖަލުގައިކަމަށް އަދުރޭމެން ބުނަން ފަށައިފިއެވެ. ފެންނަން އޮތް ކުށެއް ސާބިތުވި ހުކުމެއް ނެތިއެވެ. 

ރަށްރަށުގެ ނިކަމެތި އެތައް ރައްޔިތަކަށް ރަށުގައި ތިބެގެން އަދާ ކުރާނެ ވަޒީފާ ހޯދާދީފާ ތިބުމުން މިހަރު ވަޒީފާ ދީފައި ތިބި މީހުން ވަޒީފާތަކުން ވަކިކުރަން އޮތީ ނިންމާފައެވެ. އެވާހަކަ ފާޅުގައި އެބަބުނެއެވެ. 

އެސްއޯއީ ތަކުގެ ޕްރަމޯޝަނަށާއި ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށް އެހީތެރިވުމުގެ ގޮތުން އެތައް ނޫހަކަށް ދީފައިވާ އިސްތިހާރާއި ސްޕޮންސަރ ހުއްޓާލާ ނޫސްވެރިންނަށް މުސާރަ ދެވޭނެ މަގު ބަންދުކޮށް ނޫސްތައް ހުއްޓުވާލާން އޮތީ ކަނޑައަޅާފައެވެ.. 

ވަކިވަކި މީހުން ފާހަގަކޮށް ބަދަލު ހިފުމުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އެބަބުނެއެވެ. ވަކިވަކި މީހުން ސިޔާސީ ގޮތުން ބަދަލު ހިފުމަށާޓކާ ހައްޔަރުކޮށް އަދަބު ދޭނެ ކަމަށް އެބަބުނެއެވެ.

ދީފައިވާ ފުލެޓްތަކާ ގޯތިތައް ދިން މީހުންގެ އަތުން ވަކިކުރާނެ ކަމަށް އެބަބުނެއެވެ. ކުދި ރަށްރަށަށް ކަންތައް ކޮށްދިނުން ހުއްޓާލާ އެރަށްތައް ފަޅުކުރުމަށް އޮތީ ރާވާފައެވެ.

ޑރ. މުއިއްޒު ރައީސްބކަމުގެ ހުވާ ކުރައްވަނީ ހުޅުވާލައިގެން ބޭއްވި ޝަރީއަތެއްގައި ދިފާއު ނުވެވިގެން ކުރި ކޯޓު ހުކުމުން ކުރީގެ ރައީސް ޔާމިނު ވަގުތުން މިނިވަންކޮށްފަ ކަމަށްވެސް އެބަބުނެއެވެ. 

އަދި މިއުޅެނީ ވެރިކަން ނުލިބިއެވެ. ދެވަނަ ބުރުގައި ލިބޭނެ ކަމެއްވެސް އެނގެނީއެއް ނޫނެވެ. މިހާ އަވަހަށް ބަދަލު ހިފުމާ އަނިޔާވެރިކަން އެތިބީ އިސްކޮށްގެންނެވެ. 

]]>
Sat, 16 Sep 2023 00:26:11 +0500 ހީރަސް
ދުވަހަކުވެސް ހިނގައިފާނެ ކަމެއްކަމަށް ހިތަކަށް ނާރާ: ޓްރަމްޕް https://heerasnews.com/1203 https://heerasnews.com/1203 އެމެރިކާގެ ކުރީގެ ރައީސެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަކީ ދުވަހެއްގެ ކޮޅުން ވެސް އެމެރިކާގައި ހިނގައިފާނެ ފަދަ ކަމެއް ކަމަށް ދުވަހަކު ވެސް ހިތަށް ނާރާ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް ޓްރަމްޕް އެހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލުމާ ގުޅިގެންނެވެ. ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލުމަކީ އެމެރިކާއަށް ލިބުނު ހިތްދަތިކަމެއް ކަމަށް ސިފަކުރައްވާ، ދެކޮޅަށް ދައުވާ އުފުލާފައިވާ ޕްރޮސިކިޔުޓަރުންނަށް ޓްރަމްޕް ފާޑުވިދާޅުވިއެވެ.

ޓްރަމްޕް އެ މޭރުމުން ފާޑު ވިދާޅުވީ މިއީ، އެމެރިކާގައި ރައީސް ކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެއްގެ މައްޗަށް ޖިނާޢީ ދައުވާއެއް އުފުލާފައިވާ ފުރަތަމަ ފަހަރު ކަމުގައިވާތީއެވެ. ޓްރަމްޕުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މަޢުލޫމާތުތަކެއް ސިއްރުކުރުމުގެ ނިޔަތުގައި މީހަކަށް ރިޝްވަތުގެ ފައިސާ ދީ، 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ކުށުގެ ތުހުމަތުގައެވެ.

"މިއީ ދުވަހެއްގެ ކޮޅުން ވެސް އެމެރިކާގައި ހިނގައިފާނެ ފަދަ ކަމެއް ކަމަށް އަހުރެން ދުވަހަކު ވެސް ހިތަކަށް ނާރާ. އަހަރެންގެ ހަމައެކަނި ކުށަކީ މި ގައުމު (އެމެރިކާ) ހަލާކުގެ މަގުން ސަލާމަތް ކުރަން ގަދައަޅައި މަސައްކަތް ކުރުން. މި ގައުމު ނެތިކޮށްލަން އުޅޭ ބަޔެއްގެ ކިބައިން ގައުމު ސަލާމަތް ކުރަން ތެދުވުން. އިތުރު ކުށެއް ނުކުރަން. އަހުރެންނާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ގައުމަށް ލިބުނު ހިތްދަތިކަމެއް،" ތާއީދުކުރާ މީހުންނާ ބައްދަލުކޮށް ފްލޮރިޑާގައި ޓްރަމްޕް ވިދާޅުވިއެވެ.

އުފުލާފައިވާ ދަޢުވާތަކަށް އޭނާ އިންކާރު ކުރައްވަމުން މިއީ، އެމެރިކާގެ ތާރީހުގައި ވެސް އެ ގައުމަށް ކުރިމަތިވި އެންމެ އަނދިރި އަދި ހިތްދަތި ވަގުތުކޮޅުކަމަށް ވިޔަސް އަޒުމު ނުގުޑާނެކަމަށައި ހިތްވަރު ވެސް ނޭލޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މައްޗަށް 34 މައްސަލައެއްގައި ދައުވާކޮށްފައި ވާއިރު، މި ދައުވާތައް ގުޅެނީ އޮޅުވައިލައިގެން މީހަކަށް ރިޝްވަތު ފައިސާ ދިނުމާއެވެ. އެ ފައިސާ ދިންކަން ފޮރުވުމަށް މަސައްކަތް ކުރުމެވެ. ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތު ކުރަނީ ސްޓޯމީ ޑެނިއެލްސް ކިޔާ އަންހެނަކަށެވެ. އެއީ އޮރިޔާންކާޑު އުފައްދާ މީހެކެވެ. އޭނާއަށް ރިޝްވަތުގެ ފައިސާ ދީފައި ވަނީ ޓްރަމްޕާއި އޭނާއާ މެދު ކުރިން ހިނގާފައިވާ ލޯބީގެ ގުޅުމުގެ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައެވެ.

ޑެނިއެލްސްއަށް ޓްރަމްޕް 130,000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ތުހުމަތު ކުރެއެވެ. އަދި އޮރިޔާންކާޑު އުފައްދާ މޮޑެލްއެއް ކަމުގައިވާ ކެރަން މެކްޑޫގަލްއަށާއި، ޓްރަމްޕް ޓަވަރުގައި ދޮރުވާނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހަކަށް ވެސް ޓްރަމްޕް ފައިސާ ދީފައިވާ ކަމުގައި ތުހުމަތު ކުރެއެވެ. މެކްޑޫގަލްއަށް 150,000 އެމެރިކާ ޑޮލަރު އަދި ދޮރުވާނަށް 30,000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް ދައުވާގައި ބުނާއިރު ދޮރުވާނަށް ފައިސާ ދީފައި ވަނީ، ކައިވެނީގެ ބޭރުން އެހެން އަންހެނަކާ އެކު ޓްރަމްޕް ހޯދާފައިވާ ދަރިއެއްގެ މައުލޫމާތު ސިއްރު ކުރުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރެވެއެވެ.

ރިޝްވަތާ ލޯބީގެ ގުޅުމާ ގުޅޭ ހުރިހާ ތުހުމަތުތަކެއް ވެސް ޓްރަމްޕް ދޮގުކުރައްވައެވެ.

]]>
Thu, 06 Apr 2023 13:23:36 +0500 ހީރަސް
އިގުތިސާދީ ކުރިއެރުން އަންދާޒާތަކަށްވުރެ މަތިވާނެ https://heerasnews.com/1201 https://heerasnews.com/1201 ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވި ނަމަވެސް ބޭރުގެ ދަރަނި ބޮޑުވެ ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާ މެދު ކުރެވޭ އުންމީދު ބޮޑެވެ. ނެރެވޭ ނަތީޖާ ރަނގަޅެވެ.

ވާލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ ހިސާބު ކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅުވައިގެންނެވެ.  2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރުން ވާލްޑް ބޭންކުން ހިސާބުކޮށް އަންދާޒާކުރި މިންވަރަށް ވުރެ ކުރިއެރުމުގެ ނިސްބަތް ރާއްޖޭގައި މާ މައްޗެވެ. 

މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ ވަނީ އިތުރުވެފައެވެ. މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ރާއްޖޭގެ މާލީ ވަޒީރު ލަފާކުރައްވައެވެ. އެހެންކަމުން އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާ ތަކަށްވުރެ މަތިވާނެ ކަމަށް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދިޔަ ނަމަވެސް ރާއްޖޭގައި ތަކެތީގެ އަގުބޮޑު ވެގެން ކުރާ އަސަރު އަވައްޓެރި އެހެން ގައުމުތަކާއި އަޅާބަލާއިރު ވަރަށް ކުޑަކަމަށް ފިނޭންސް މިިނިސްޓަރ އިބްރާހިމް އަމީރު ފާހަގަ ކުރައްވައެވެ.

"ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށްވީ ނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަ"ކަމަށް އަމީރު ވިދާޅުވެއެވެ.

ރާއްޖޭގެ ތަކެތީގެ އަގު މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި ކުރިމަތިވާ ފިސްކަލް ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައި ވާނެއެވެ. ހުރި ހިރާސްތައް މެނޭޖް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންވެ އަޅަމުން އެބަދެއެވެ. 

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށެވެ. އުނދަގުލުން އަރައި ގަތުމަށް ސިޔާސަތު ތަކަށް ބަދަލު ގެންނަނީ ރައްޔިތުންނަށް އެ ކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް ބަލައިގެންނެވެ. 

]]>
Wed, 05 Apr 2023 18:16:33 +0500 ހީރަސް
ބަނގުރޫޓް ދައުލަތަކާ ހަވާލުވަނީ ކީއްކުރަން! https://heerasnews.com/1200 https://heerasnews.com/1200 ރާއްޖޭގެ އިގުތިސާދުގައި މައްސަލައެއް ނެތޭ ބުނީ ކާކު ހެއްޔެވެ. ހުރި މައްސަލަތަކާ އެކު ރޭވުންތެރި ކަމާއެކު ކުރަން ބޭނުން ކަންކަން ކޮއްގެން މެނޭޖު ކުރެވޭނީ ލައްކަ މޮޅުވީމައެވެ. ސްރީލަންކާއަށް ކުރިމަތިވި ފަދަ ތަދުމަޑު ކަމެއް ކުރިމަތިވުމުގެ ފުރުސަތު އެދުވަސްވަރު އެންމެ ބޮޑު އެއްގައުމަކީ ރާއްޖެކަމަށް ދުނިޔޭގެ ބައެއް މާލީ އިދާރާތަކުން ބުންޏެވެ. ކޮވިޑްގެ ވަބާއަށް ފަހު އެންމެ ބާރަށް ކުރިއަރަމުން އަންނަ އިގްތިސާދު އޮތީ ރާއްޖޭގައި ކަމަށް ބުނީވެސް ހަމަ އެ އިދާރާ ތަކުންނެވެ. 

ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ އިދާރާ ތަކުން ދިރާސާކޮށް އަބަދުވެސް ރެކަމަންޑޭޝަންތައް ދެއެވެ. އެހުރީ ރަނގަޅު ކަންކަމެވެ. އެ ރެކަމަންޑޭޝަން ތަކުން ހެޔޮފައިދާ ކުރެއެވެ. ދުރާލާ ތައްޔާރުވެ ކްރައިސަސް މެނޭޖުކުރަން ފަސޭހަވެއެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓްތަކަކީ ސިޔާސީ ގޮތުން ސަރުކާރުތައް ބަލިކޮށް ގައުމުތައް ބަނގުރޫޓް ކުރަން ނެރޭ އެއްޗެއް ނޫނެވެ. 

ސިޔާސީ ވާދަވެރިން ސަރުކާރާ ދެކޮޅަށް ދަރަންޏޭ ދެކޮޅެއް ނުޖެހޭ ނުކިޔަނީ ކޮން އިރަކު ހެއްޔެވެ. އެއްކޮޅުން އެވެނިކަމެއް ނުވެޔޭ މިވެނި ކަމެއް ނުވެޔޭ ކިޔާ އަނގަދިޔާ ކުރަމުން ދަރަންޏޭ ހަރަދު ބޮޑޭ ގޮވާ ނަގާނެއެވެ. ސިޔާސީ ބޭނުމަށް އަނގަފުރާ ދައްކާ ވާހަކަތަކުން ހީވަނީ ރާއްޖޭގައި އޮތްހާ ނުބައިކަމަކާ ދަރަންޏަކާ ހަރަދަކާ ފިތުނަޔަކާ ފަސާދައަކީ މި ސަރުކާރު އައިފަހުން އަލަން އުފަން ކުރުވި ކަންކަން ހެންނެވެ. 

ޒަމާނުއްސުރެ ވާރުތަ ވަމުން އައި ދަރަނީގެ ދަންތުރައަކީ މި ސަރުކާރަށް ވެސް އޮތް ބޮޑު ބުރައެކެވެ. އެކަމުގެ ސަބަބުން ކުރަންޖެހޭ ގިނަ ކަންކަން ކުރުމަށް ބޭނުންވާ ވަރަށް އާމްދަނީއެއް ނުލިބެއެވެ. ދަރަނި އަދާކުރަން ވެސް ދަރަނި ނަގަން ޖެހެއެވެ. އެހެނެކޭ ކިޔާ ކާނާޔާ ބޭހާ ތެލާ އަތްފޯރާ އަގުގައި ރައްޔިތުންނަށް ފޯރުކޮށް ނުދީ ހަދާނެ ގޮތެއް ބުނެބަލާށެވެ. ބޭސް ފަރުވާއާއި އާސަންދައަށް ހަރަދު ނުކޮށް ވާނެ ގޮތެއް ކިޔާބަލާށެވެ. 

ސަރުކާރު ކުންފުނި ތަކަށް ދައުލަތުން ފައިސާ ހަރަދު ކުރާތީ އެކަމާ މޭނުބައި ކޮށްގެން ވާހަކަ އެބަ ދައްކައެވެ. ހެއްދެވީއްސުރެ އަސާސީ ހައްގު ތަކުން މަހުރޫމް ކޮށްލާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެހެން އެކަން އެކުރަނީ ހަރަދު ކުޑަ ކުރުމަށާއި ދަރަނި މެނޭޖް ކުރުމަށާއި އާއްމު ކުންފުނިތަކާއި ޖަމާއަތް ތަކުން އުފުލަން ޖެހޭ ތަކުލީފް ކުޑަކުރުމަށެވެ.

ނިކަން ވިސްނާލަ ބަލާށެވެ. ހެއްދެވީއްސުރެ ރާއްޖޭގައި ރަށްރަށް ހުއްޓެވެ. މީހުން ދިރިއުޅެންފެށި ވަކި ޒަމާނެއް ނޭނގުނަސް އެތައް ސަތޭކަ އަހަރެއް ވެއްޖެއެވެ. އެކި ނަންނަމުގައި އެކިފާޑުގެ ވެރިކަން ވެސް ކޮށްފިއެވެ. އެކަމަކު މަދު ރަށެއްގައި ނޫނީ ސާފު ތާހިރު ފެނެއް ނެތެވެ. ލަފާ ފުރޭނެ އެކަށީގެންވާ ބަނދަރެއް ނެތެވެ. ގިނަ ރަށްރަށުގައި ކަރަންޓް ދެނީ ނަމަކަށެވެ. އެރަށް ރަށުގައިވެސް އުޅެނީ ދިވެހިންނެވެ. ގާނޫނު އަސާސީން ހައްގު ކަށަވަރު ކޮށްދޭ ރައްޔިތުންނެވެ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގު ކަށަވަރުކޮށް ދޭން ނޫޅެ ސަރުކާރަކުން ކުރަން އޮންނާނީ ކޮންކަމެއް ހެއްޔެވެ. 

އެވެނެތާކު މިވެނެ ކަމެއް ނެތިގެން މިވެނި ތާކު އެވެނި ކަމެއް ނެތިގެން އިދިކީލިންގެ ދެފައި ކައިރި ނުވެއެވެ. ކަމެއް ފަށައިފިތަ އެނިމުނީއެވެ. އެކަމެއް ނުނިމިގެން ނިމުންލަސް ވެގެން ދަމާ ހާސަރު އެހާ ގިނައެވެ. ބަސްބުނާ ހިނދުން ޓިސްލާފައި ކަންކަން ވާންވެސް ޖެހެއެވެ. ކަންކަން ކުރާއިރު އެކަންކަން ކުރާނެ މީހުން ބޭނުންވެއެވެ. އެކަމަށްޓަކާ ރަށަކުން މީހަކަށް ވަޒީފާއެއް ދިނަސް ހީވާނީ ރޮލާކައިފާނެ ހެންނެވެ. އެހެނަސް މީހުންނަށް ބޭނުންވާ ވަރަށް ރާއްޖޭގައި ވަޒީފާ އުފައްދާފައި ނެތިގެންވެސް ވާދަވެރިން ހީވަނީ ރަލެއް ބޮވިގެން އުޅޭހެނެވެ.

އަޖައިބަކީ ދަރާވިކި ބަގުރޫޓް ވެފައިވާ ދައުލަތަކާ ހަވާލު ނުވެވިގެން ބައިހަދާފައި އުޅޭ އުޅުމެވެ. އެކަކު ޕާޓީ ޓިކެޓް ހިފައިގެން ޖަލުގައި ތެޅެފޮޅެނީއެވެ. އަނެކަކު އަމިއްލަ ޕާޓީގެ ޓިކެޓް ނުލިބުމުން ބޮލާފޮށާ އެޅެނީއެވެ. އެޅިހާ ބޯކިބަލުން ލިބުނު ބައި ކުޑަވެ ބޯކިބާ އެކީ ކާލަން ދަތްދިލެނީއެވެ. އެކަނިމާ އެކަނި މަރުފަލި ޖަހާ ބަޔަކުވެސް އެބައުޅެއެވެ.   

އައު ބަޔަކު އައުމުން ހުރި ދަރަނި ނެތްކަމަށް ވާނެ ހެއްޔެވެ. ރައްޔިތުންގެ ބޭނުންތައް ފުއްދާ ނުދީ ކުރަން ހުރި ކަންކަން ނުކޮށް ވާން އޮތީހެއްޔެވެ. ވޯލްޑް ބޭންކުން އެބުނާ ހާލަތާއި ވާދަވެރިންގެ ކަން ބޮޑުވުންތަކާ ކުއްލި ބަދަލަކުން ގައިމުވެސް ހައްލެއް ނުވާނެއެވެ. އިބޫއަށް އިތުރު ފަސް އަހަރު ދީގެން ހަމަޔަކަށް އަޅުވާލީމާ ވާދަވެރިން ދެން ވެރިކަން ހޯދިއްޔާ މާ ރަނގަޅުވާނެއެވެ. 

]]>
Wed, 05 Apr 2023 17:21:12 +0500 ހީރަސް
އިންތިއަށް: އިސާހިތު ވިރިހުސްވެ ހުޅުކޮޅު ނިވިދާނެ! https://heerasnews.com/1199 https://heerasnews.com/1199 ދެރަވެއެވެ. އަސަރުކުރެއެވެ. ޅަނބާޅަ ޅަދޮޅު ކަމުގައި ދަގުޔަށް ވީތީއެވެ. ޓީވީއެމްއަށް އަރަ އިނދެ ރީތިހާ އިނގިރޭސިލަވަ ހުށަހަޅައިދިން އިރު ލައްކައެކޭ ހީވިއެވެ. ނަންހުރި ފަނޑިޔާރު މަނިއްޕުޅަކަށް ނިސްބަތްވާ ވަންހައަކަށް އުފަން ވިޔަތީ ހަމަލަމަ ހުންނާނޭ ކަމަށް ހީކުރެވުނެވެ. އަތްބަލާ ފާލުބަލާ ޖާދޫގަރަކަށް އުފަން ވިޔަތީ ފާލުބަލާ ރަމަލު ނުޖެއްސަސް ކަންހިނގާ މަގު ފަހުމު ވާނެޔޭ ހީކުރެވުނެވެ. 

ލިބިހުރި ކަމަށް ބެލެވޭ އިލްމާ ހެދި ބޮޑުވި ވަންހަޔަށް ކުޅަ އިތުބާރަކުން ހިސާބު ގަނޑު މީހުންގެ ވަކީލަކަށް އިންތިހާބު ކުރަމުން އައީ ބޮލުރޮދި ކެނޑިފައިވާ ރާރާ ގުޑިއަކަށް ވާނެ ކަމަށް ހިތައެއް ނޫނެވެ. ބަޔަކު އިތުބާރުކޮށް ގޮނޑިއެއްގައި ވެޑުވުމުން ތިމާއާއި އެއްގޮތަށް ދުނިޔެ އެބުރެން ފަށާނެ ކަމަށް ހީކުރާ ވަރު ބޮޑު މޮޔައަކަށް ވާނެކަމަށް މީހުން ހިޔެއް ނުކުރެއެވެ. 

އަރާއިން އޮފި އަމިއްލަ އަތުން ކަނޑާލައިގެން ބިންމައްޗަށް ގުޅައަކަށް ޖެހޭވަރުގެ އަގުޅިނެތް ކަންނޭލަކަށް ވާނޭ ހީކުރަނީ ކާކު ހެއްޔެވެ. ޝަރީއަތާ ގާނޫނަކީ ތިމާ އެކަނި ދަންނަ އެއްޗެއް ކަމަށްވެ އެންމެން އެޅިހާ ބަތަކަށް ރިހަވެފައި ތިބީ ރުވާފަތުން ރިޔާ ނަގައިގެން ސީދީން ކަނޑު ހިނގި ޒަމާނު ގައެވެ. އަތް ބަލައިގެން ނަސީބު ބުނެދިން އިރު ބަފާ މީހާވެސް ބެދޭމަޅި ކިޔާދީފައި ނެތީތާއެވެ. ކިރިޔާވެސް ހިލަމެއް ކުރިން ވީނަމަ ބަލި ބުޅާގަނޑަކަށް ވާކަށް ކަންކަމަކާ ނޫޅުނީހެވެ. 

އިންތިހާބުގެ ކުރީ ތިން އަކުރުން ކުރުނަން އެޅޭތީ ކުރިމަތިލާ ކޮންމެ އިންތިހާބެއް ކާމިޔާބު ނުވާނެކަން ގަބޫލު ނުކުރެވެނީ ތާއެވެ. އިންތިޒާމުވި އިންތިހާބެއް އިންތިޒާރުން ކައްސާލުމަކީ އިންތިހާނަކަށް ނުވިތާއެވެ. ލިބި އޮތް އިމްތިޔާޒް ފަހުމް ވީނަމަ އިންތިހާ ދަރަޖައަށް ހަޑިއެއް ނުވާނެއެވެ. 

ހަސަދަ އާއި ފިތުނަ ފަސާދައިގެ ހުޅުން އަދާ ހުލިވުމަކީ އެހެން ބައެއްގެ ކުށެއް ނޫނެވެ. ދެ ދުވަހު ދެ ގޮތަށް ވާހަކަ ދައްކަމުން ކޮޅުމޮޅު ކުރަން ނެތި މޮށުމުން ދޮޅި އެޅެނީ ތިމާއެވެ. އިމްތިޔާޒު ފަހުމީއަށް ލިބިގެން އުޅެނީ އެލަނޑެވެ. ވާނީ އެހެންތާއެވެ. އިންތިގެ ދުނިޔެ އިންތިއަށް ފެންނަނީ އަންނިގެ ލޮލުންނެވެ. އަންނިގެ ލޮލުން ބަލައިގެން އިންތި ވާހަކަ ދެއްކީމާ ހަޑިވެ ހަރާބު ވަނީ އިންތިއެވެ.

ސެޕްޓެމްބަރ ގެ ފަހުން އެހެން ބަޔަކު ބޯހިއްލާ ލެވޭ ނުލެވޭ ވާހަކަ އިންތި ނުދައްކާށެވެ. ޗެއަރޕާސަން އިންތިހާބުގެ ފަހުން އިންތިއެކޭ ކުރިން ބުނިހެން  ބޮލުރޮދި ކެނޑިފައި އޮތް ރާރާ ގުޑިއެކޭ އެއްވެސް ތަފާތެއް ނެތެވެ. މީހުންގެ އިހުތިރާމާ ކުލުނު ކެނޑި ހުރިގޮތަށް ހުރެ ތިޔަ ހުރީ އަނދަ އަނދާ ހުރި އުއްބައްތި އަކަށް ބަދަލުވެފައެވެ. އިސާހިތު އެކީއެކަށް ވިރިހުސްވެ ހުލިވެ ހުޅުކޮޅު ނިވޭނީއެވެ. 

އިންތިމެން ބުނާ ގޮތުން މީގެ ހަމަސް ކުރިން ވެސް ރާއްޖޭގައި ހުރީ އެންމެ ދުވަހެއްގެ ކާޑެވެ. ކޮއްތެއް ދަރެއް ބޯފެނެއް ނެތެވެ. ލިބޭނެ ގޮތެއްވެސް ނެތެވެ. ދައުލަތުގައި ކާޑައި ތެލާއި ގަންނާނެ ފައިސާއެއް މުސާރަ ދޭނެ ފައިސާއެއް ނެތެވެ. ލިބެން އޮތް ގޮތެއް ނެތްތާ ދޭނެ މީހަކުވެސް ނެތެވެ. އެކަމަކު އޭގެ ފަހުން ވެސް ރާއްޖޭގައި މީހުން އުޅެނީ ބަނޑުފުރާ ކައިގެންނެވެ. މުސާރަ ލިބިގެންނެވެ. ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ކެފޭތަކާ ރެސްޓޯރެންޓްތަކާ އަބަދުހެން ފުރި ބާރުވެފައެވެ. ތެޔޮ ލިބެން ނެތިގެން އެންމެ އުޅަނދެއް ވެސް ދުއްވުމެއް ހުއްޓައެއް ނުލައެވެ. އެހެނަސް އިމްތިޔާޒް ފަހުމީމެން ރާއްޖެ ބަޑަށް ޖައްސައިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ.

ޓްވީޓަރ އަތްގަޑު އޮތީތީ ރާގުރާގަށް ފިތުނަވެރި ވާހަކަ އިންތިމެން ދައްކަ ދައްކާ ތިޔަ ތިބެނީ މަދުއުޅި ނެތް ވަކަވަލެއް ފަދަ މިސާލެވެ. ވަގަށް ގޮވުމާ ދޮގު އިލްޒާމް މީހުންގެ ބޮލުގައި އަޅުވާއިރު ކުށެއް ސާބިތު ނުވާ ކޮންމެ މީހަކީ މައުސޫމެއް ކަމަށް ބުނާ ދުނިޔަވީ ގާނޫނުގެ އިބްތިދާއީ ހަމަ ގަބޫލު ނުކުރާ ގާނޫނީ ވަކީލަކު ރައްޔިތުންގެ ވަކީލަކަށް ކުފޫ ހަމަ ނުވާނެކަން ވެސް ބުނެދޭންވީ އަންނި ދޯއެވެ.  

]]>
Tue, 04 Apr 2023 20:47:03 +0500 ހީރަސް
ސްޓެލްކޯ ނޫސްބަޔާން: އަމީނީ މަގު ތަރައްގީ ކުރުން https://heerasnews.com/1198 https://heerasnews.com/1198 އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ހިނގަމުން ދާއިރު އެމަސައްކަތާ ގުޅިގެން ދޭތެރެ ދޭތެރެއިން ސްޓެލްކޯއިން ދެމުން ގެންދާ ހިދުމަތައް އެކި ކަހަލަ މަސައްލަ ދިމާވެ ބައެއް ފަހަރު ހިދުމަތް ކެނޑެން ދިމާވެއެވެ. ކަސްޓަމަރުން އެކަމަށް ދުރާލާ ތައްޔަރުވެގެން ތިބުމަށް ސަމާލުކަން ދިނުމަށާއި ދިމާވާ އުދަނގޫތައް ހައްލުކޮށް ދިނުމުގައި ސްޓެލްކޯ ދެމިއޮތްކަމުގެ ޔަގީންކަން ދިނުމުގެ ގޮތުން ސްޓެލްކޯ އިން ނޫސް ބަޔާނެއް ނެރެ ކަސްޓަމަރުގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ.

]]>
Tue, 04 Apr 2023 17:48:44 +0500 ހީރަސް
އައިސީޔޫއަށް ލާފަ އަތްޖެހި މީހުން ގާސިމް ހުލި ކުރުމުގައި https://heerasnews.com/1197 https://heerasnews.com/1197 މަކަރާ ހީލަތާ ވައްކަމަށް ވެސް މޮޅިއްޔާ މޮޅޭ ބުނަން ވާނެއެވެ. ކުރީގެ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމަށް އަންނާނެ ކަމަށް މީހަކު ހީވެސް ނުކުރެއެވެ. މީހާގައި އައިބު ކޮރުކަމެއް ހުރެގެންނެއް ނޫނެވެ. ކަމުގެ ދޮގުތެދު އޮތްތަނެއްގައި ބާއްވާށެވެ. އޭރު އޮތް ގޮތަކީ، ލެއްވިހާ ވިޔާނުދާ ކަމެއްގެ ނަމުން ނޫނީ ރައީސް ޔާމީނު ދަންނަ މީހަކު ގައުމުގައި ނެތުމެވެ.  

އެހެން ހުރި މީހަކު ފިރުކެމުން ހޭވެމުން ލޫދެމުން އައިސް ރާއްޖޭގެ ވެރިކަން ހޯދާނީ އެ ގޮތަށް އެކަން ކުރުމަށް ވެސް މީހާގައި ފިސާރި ކުޅަދާނަ ކަމެއް ހުރެ އެހެން މީހުންނަށްވުރެ އެކަމުގައި ތޫނުފިލި ވީމައެވެ. ދިވެހިރާއްޖޭގެ ވެރިކަން ކުރި ލިސްޓްގެ 100 ވަނައަކީ ޢަބްދުﷲ ޔާމީން ޢަބްދުލް ޤަޢްޔޫމެވެ. ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙް ފައްޓަވާ ކުރިއަށް އެވަޑައިގަންނަވަނީ އާ ފެށުމަކުން 101 އިން ފައްޓަވައިގެންނެވެ.

ތިންބަހުގެ ވަޒަނަށް ނުފެތޭ ދެނަމުން ފުރިހަމަވާ ނަންނަމުގެ ވެރިން ޑިމޮކްރަސީގެ ޙަޔާތުގައި މި ފެނުނީ ފުރިހަމަ ނުވާ ބައި ކުޅަބައި ވެރިންގެ ގޮތުގައެވެ. މުޙަންމަދު ނަޝީދަކާއި މުޙަންމަދު ވަޙީދެކެވެ. ދެން މި އުޅުއްވަނީ އަބަދު އެކަމާ އުޅުއްވާ ދެނަމުގެ ވަޒަނުން ނަން ކިޔޭ ގާސިމް އިބްރާހީމެކެވެ.

ސިޔާސީ ގޮތުން ވިޔަސް ހަމައެއް ލަމައެއްގައި އޮންނަ ދެ ޕާޓީއަކީ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި ޕީޕީއެވެ. އެއީ އަކީ ދުވަހަކު ވެސް އެކުވެ ކޯލިޝަން ހަދާ ބައެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ އުދަރެހުގެ ދެބިތެވެ. އެއީ އެއްވެވޭނެ އެއްޗެއް ނޫނެވެ. އެއް ވެގެން ރާއްޖެއަށް ރަނގަޅެއް ވެސް ނުވާނެއެވެ.

ސަރުކާރުން ބައި ހޯދަން ކޮންމެ ބަޔަކާ ވެސް ބައިއަތު ހިފާ އުޅޭ މަޝްހޫރު ޕާޓީ އަކީ ގާސިމް އިބްރާހީމްގެ ޖޭޕީއެވެ. ގަބޫލު ކުރާ ވަކި ފަލްސަފާ އެއް ހަމައެއް ލަމައެއް ނެތި އެންމެނާ އިނދެ 3 ފަށްވެ ފަށްކެނޑި ވަރުން ވިޔަޔާދާ މީހަކު ގާތް ނުވާ ހިސާބުގައި އޮތް ޖުމްހޫރީ ޕާޓީއެވެ.

ޖުމްހޫރީ ޕާޓީއަކީ ފެށުމުގައި ހަމަ ރަނގަޅު ބަޔަކު ބުރަ މަސައްކަތުން އުފައްދާ ހިންގި ޕާޓީ އެކެވެ. އެހެން ނަމަވެސް އެ މީހުން އެއް ފަރާތްކޮށް އެ ޕާޓީގެ މަތިފަޑިއަށް އަރާ އެތިބީ ކޮން ބައެއްކަން މިއަދު ދެކިބަލާށެވެ. އެއީ ރައީސް ޔާމީނުގެ އަރިސް ބޭފުޅުންނެވެ. 2018 ގެ އިންތިޚާބުން ޕީޕީއެމް ބަލިވިތަނާ އައިސް ކުނޫޒަށް ވަދެގަތް ތާޅަވަޅަ ގަނޑެއް ފަދަ ބައެކެވެ. ރައީސް ޔާމީންގެ ކުޅަދާނަ ވިސްނުމުގެ ވާހަކަ ކުރިން ބުނެފީމެވެ. މިބައި މީހުން އައިސް އެ ތިބީ  ރައީސް ޔާމީންގެ ދުރުވިސްނޭ ޙިކުމަތުގެ ދަށުން ނޫންކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟

ޖުމްހޫރީން ރިޔާސީ އިންތިހާބަށް މިފަހަރު ނިކުންނަނީ ގައުމު އަޅުވެތިކަމުން ސަލާމަތް ކުރަން ކަމަށް ޖުމްހޫރީގެ ނައިބު ލީޑަރެއް ކަމަށްވާ އިގުބާލު އާދަމު ބުނެފައި އެބައޮތެވެ. ޖުމްހޫރީ ޕާޓީ ބައިވެރިވެ ބަސްކިޔާ ސަރުކާރަކުން ރާއްޖެ އަޅުވެތި ކުރާކަމަށް ވެގެން ބައިވެރިވާ ސަރުކާރާ ދެކޮޅަށް އެ ވާހަކަ ޖުމްހޫރީ ލީޑަރޝިޕުން ދައްކާ ރައީސް ޔާމީނަށް އިންޑިއާ އައުޓް ކެންޕެއިން ޖުމްހޫރީން ފަށާ ދިނީމާ ޖުމްހޫރީގެ މަތިފަޑި އޮތްގޮތް އެބަ އެނގޭ ނޫން ހެއްޔެވެ.

ގައިމުވެސް އެ މީިހުންނަކީ ސްޓްރެޗަރަކަށް ފަސްތަން ބަނދެ އައިސީޔޫއަށް ގާސިމް ލާ ދަންވަރު ހުކުމް ކުރިއިރު "ހިނިގަޅަން" ތިބި މީހުންނަށް ނުވެއެއް ނުދާނެއެވެ. ކަމަކާ މިނަށްވުރެ ދަހިވެތިވެ ފޫޓަކަށް ދޫނިކުތީމާ އިވޭނެ އަޑެއް ފެންނާނެ އެހެން ތަނެއް ގާސިމެއް ކަމަކު ނޯވެއެވެ. 

އިއްޔެ އިރު އޮއްސެނިކޮށް ކޯލިޝަން ހަދާށޭ ކިޔާ ތިބިއްޔާ ތިބި ބަޔަކަށް ގާސިމް ދައުވަތު ދިނެވެ. ރަތްވިލާ ނުއޮއްސެނީސް ޕީޕީއެމް ނޯ ޖަހަތްޕެވެ. އިރު ކޮޅަކުން ކާނަލް ނާޒިމާއި އުމަރު ނަޞީރު ވެސް އަތުން ފައިން ހޯހޯ ގޮވައިފިއެވެ. ޕާޓީއެއް ވިޔަސް މީހެއް ވިޔަސް ގޮތެއް ހުންނަން ޖެހޭނެއެވެ. 

ނިންމާލަމުން ދިވެހި ރައްޔިތުން ގާތު ބުނަމެވެ. ރައީސް ޔާމީންގެ ޕީޕީއެމްގެ 5 އަހަރު ދެކި، މިހާރު ތިޔަ ދެކެނީ ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙްގެ އެމްޑީޕީ ވެރިކަމުގެ 5 އަހަރެވެ. ރަނގަޅީ އެގޮތްތޯ މިގޮތްތޯ ވިސްނުމަށް ފަހު ގޮސް ވޯޓުލާން އޮތީ ދެގޮތެވެ. އެހެންޏާ ޕީޕީއެމް ކުލައިގެ ބަޅު ރުކަށެވެ. އެގޮތް ކަމުނުދާ މީހުން އެމްޑީޕީގެ ތިލަފަތަށް ވޯޓުލާށެވެ.

ދުނިޔޭގައި އޮންނަނީ ރަނގަޅާ ނުބައެވެ. އައްޔާ އަނދިރިއެވެ. އާޚިރަތުގައި ސުވަރުގެ ނޫނީ ނަރަކައެވެ. ދެފެންދޭތެރެ އަކީ މުނާފިގުން ފަތާތަނެވެ.

]]>
Tue, 04 Apr 2023 17:01:57 +0500 ހީރަސް
މަޖިލީހުގެ އެންމެ މައިނޯރިޓީ ލީޑަރ https://heerasnews.com/1196 https://heerasnews.com/1196

އާނއެކެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ގާސިމް ބޭނުމެވެ. މެޖޯރިޓީ ލީޑަރުކަންވެސް ގާސިމު ބޭނުމެވެ. އަދި ކީއްކުރަން ހެއްޔެވެ. ރާއްޖޭގެ ރައީސް ކަމާއި މުޅި ދައުލަތްވެސް ގާސިމު ބޭނުމެވެ. މިހާރުވެސް ގާސިމް އެ ހުރީ މަޖިލީހުގެ އެންމެ މައިނޯރިޓީ ލީޑަރ ކަމުގައެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންގެ ތެރެއިން 8 ބޭފުޅަކު ގާސިމްގެ ފަހަތަށް ގެނައުމުގެ ހުވަފެން ގާސިމް ދުށުމަކީ ސިއްސައިގެން ދާވަރުގެ ވާހަކައެއް ނޫނެވެ. އެ މަގަށް ގާސިމް މަސައްކަތް ނުކުރާނެ ކަމަކަށް އެއްވެސް އިރަކު އެއްވެސް މީހަކު ގަބޫލެއް ނުކުރާނެއެވެ. ގާސިމް ބޭނުން ވާނީ އެންމެ އަށް މެންބަރުންނެއް ވެސް ނޫނެވެ. މުޅި މަޖިލީހެވެ. 

ރިޔާސީ އިންތިހާބު ނިމެންދެން ވެސް ފިކުރެއްގެ ދިރުމުގެ ބާގީން ކޮޅު ގާސިމާ އެކު ތިބޭނެ ކަމެއް ނޭނގެއެވެ. އެ މީހުންގެ ޑިމާންޑް ތަކަށް ގާސިމަށް ގުރުބާން ވެވޭވަރުގެ ހިއްވަރެއް ގާސިމުގެ ކިބައަކު ނުހުންނާނެއެވެ. އަންނި ބުނާހާ އެއްޗެއް ހަދައިގެން ގާސިމަށް ވެރިކަމަށް ނާދެވޭނެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ގާސިމަށެވެ. ބޭނުން ވަރަކަށް އެ މީހުނަށް ގާސިމު ފައިސާ ދިނަސް ހަދާނީ ހަދާނެ އެއްޗެއްކަން ގާސިމަށް މާރަނގަޅަށް އެނގޭނެއެވެ. 

ގާސިމްގެ ފަހަތަށް ގެނެވޭނެ ކަމަށް ތިޔަ ހީކުރާ އަށް މެންބަރުން ގާސިމްގެ ފަހަތަށް އަރަންޖެހޭ ސަބަބެއްނެތެވެ. އެ މެންބަރުންގެ ދައިރާތަކަށް ރައީސް ސޯލިހު ހޯއްދަވާ ދެއްވަމުން އެގެންދަވާ ތަރައްގީ އެ ބޭފުޅުންނަށް ފެނިވަޑައިގަނެއެވެ. މެންބަރުންގެ މުހުތާދުތައް ހުންނަކަމާއި އެ މުހުތާދުތައް ފުއްދަވަ ދެއްވައިގެން އެ ބޭފުޅުންނަކީ އަބުރުވެރި ބަޔަކަށް ހެއްދެވުމަށް ރައީސް ސޯލިހަށް ނުކުރެއްވުނު ކަމެއް ގާސިމަކަށް އަދި ނަޝީދަކަށް ވެސް ނުކޮށްދެވޭނެކަން އެންމެ ރަގަޅަށް އެނގިވަޑައިގަންނަވަނީ އެ މެންބަރުންނަށެވެ. ތިޔަ ބުނާ އަށް މެންބަރުންނަކީ ހަށިވިއްކާ ބައެއް ކަމަށް ސިފަކޮށްގެން ހަދަން އުޅޭ ޑީލަކުން ގާސިމަށް އެންމެ މެންބަރަކު ވެސް ގުޑުވައެއް ނުލެވޭނެއެވެ. 

އެންމެ އިތުބާރުކުރި އަލި ހަމީދުވެސް އެ ނައްޓާލީއެވެ. ކައިރީގައި ތިބި މީހުން ނުހިފެހެއްޓި އެންމެ ދެ މެންބަރުންނަށް ޕާލަމަންޓްރީ ގުރޫޕް ބަދަލުވެގެން ދިޔައިރު އެހެން ބަޔަކު ފަހަތައް ގެންނާނީ ކިހިނެއް ހެއްޔެވެ. ފައިސާ އަޅައިގެން ހެއްޔެވެ. އެހެން ހީވަންޏާ ތިޔަ ޖެހެނީ އަމިއްލަ އަތުން އަމިއްލަ ދަންމަޅިއެވެ. މަހެއް ފަހާލާނެ މަހެއް ކަނޑު ހިނގާ ފާނެއެވެ.  

ސިޔާސީ ހަށިގަތުމުގެ ވިޔަފާރީގައި ގާސިމަށް ކަމަކަށްވާ ކަހަލަ ކަމެއް ކުރެވުނު ނަމަ ރާއްޖޭގެ ރައީސްކަން ގާސިމު ކުރާނެތާ ކިތަންމެ ދުވަހެކެވެ. ކިންގއަށް ވާންއުޅެ ނުވެވި ކިންގ މޭކަރ ހެދިގެން އުޅެއުޅެ ވަރުބަލި ވެއްޖެ ނޫން ހެއްޔެވެ. އަންނަ ރިޔާސީ އިންތިހާބުގައި ކިންގ މޭކަރަށް ވެސް ނުވެވި އަބަހައްދުވާ ދުވަހު ބާކީވެ ޖީޓީއަށް ވީވަރުވެސް ނުވާތަން އެބަ ފެނެއެވެ.

]]>
Mon, 03 Apr 2023 22:15:49 +0500 ހީރަސް
ސޯލްސްބަރީގައި ކައްޗާ ދުއްވަންދާން މާ ގިނަ ދުވަހެއް ނެތް https://heerasnews.com/1195 https://heerasnews.com/1195 ފިކުރެއްގެ ދިރުމުންނާއި ޖުމްހޫރީންނާއި ޕީޕީއެމުން އެންމެ ބޭނުންވާނެ އެއްކަމަކީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ސޯލިހަށް އޮތް ބޮޑު ތާއީދު ގެއްލުވާލުމެވެ. މަޖިލީހުގައި ސަރުކާރުގެ ވާގި ނައްތާލުމެވެ.

ދެއިރު ދެދަޅައަށް ވަޒީރުން ހާޒިރު ކޮށްގެން ސަރުކާރު ފަލީހަތްކުރަން ކުރަން އުޅޭ މަސައްކަތް ފޭލިވަމުން ސަރުކާރު ބާރުވެރި ވަމުން ދާތަން ދެކެން އެންމެ އުދަނގޫ ވާނީ ރައީސް ނަޝީދަށެވެ. ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލުގައި އިނުމަކީ އަސަރުފަށެއް ކުރާނެ ކަމެއްތާއެވެ. 

މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމަށް ހުށަހެޅުމަށްފަހު ވަޒީރު ހާޒިރުވެވަޑައިގެން ސުވާލަށް ޖަވާބު ދެއްވަން ތާވަލު ކުރެވިފައިވަނިކޮށް މެންބަރުން ސުވާލު އަނބުރާ ގެންދާތީ ނަޝީދު ކަންބޮޑު ވާނެއެވެ. ޖައްސަން އުޅޭ ހީލަތުގެ މަޅީގައި ވަޒީރުންނާއި ސަރުކާރު ނުޖެއްސޭތީއެވެ. 

ފުލުފުލުގައި ފިކުރެއްގެ ދިރުމުން ކުއްލި މައްސަލަތަކާއި ގަރާރުތައް ހުށަހަޅައިގެން ވައިގައިނުހިފާ ދިޔައީ ތޮޅިއަށެވެ. ދެންވެސް ދާނީ ތޮޅިއަށެވެ. ވަކި ވަކި މެންބަރުން ލައްވާ ވަޒީރުންނާ ސުވާލު ކުރުވުމަކީ ސަރުކާރު ފަލީހަތް ކުރުމަށް ނަޝީދު ހިންގާ ނާކާމިޔާބު ސިލްސިލާގެ ބައެކެވެ.
ގާނޫނުން ވަޒީރުންނާ ސުވާލުކުރުމުގެ ޖާގަ ދީފައި އޮންނަނީ މަތިވެރި މާތް މަގުސަދެއްގައެވެ. ގައުމު ހަލަބޮލިކޮށް ފިތުނަ އުފައްދާ ވަކި މީހަކު ވެރިކަމުގައި ނެތިއްޔާ ސަރުކާރު ވާގި ނައްތާކަށް ނޫނެވެ.
އިދިކޮޅާ ގުޅިގެން ރައީސް ނަޝީދު ރާވާ ހިންގާ ފިތުނަވެރި ކޮންމެ ހަރަކާތެއް އިސާހިތަކު އެ ގޮވަނީ އަތަށެވެ. މަޖިލީހުގައި ރައީސް ނަޝީދު ޖަހަން އުޅޭ ސަކަރާތެއް ދެން ނުޖެހޭނެއެވެ. 
ސީދިއޮޑިޔަށް ސައިތާނު އަރާ އިންހެން ދެބޭން ވެގެން މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން ތިބި ތިބުމަށް ލަހެއްނުވެ ނިމުން އައުން ދާދިކައިރި ވެއްޖެއެވެ. ދެބެން ވެގެން ބަރުލަމާނީ އޮޑި ފައްތާލާ އިނގިރޭސިވިލާތުގެ ސޯލްސްބަރީގެ މިނިވަން ޖައްވުގާ ކައްޗާ ދުވަން ދާކަށް މާގިނަ ދުވަހެއް ދެން ނެތެވެ. 
]]>
Mon, 03 Apr 2023 18:21:53 +0500 ހީރަސް
ހަ އަނގަ ޖަމީލުގެ ހޮޅި ޓްވީޓް https://heerasnews.com/1193 https://heerasnews.com/1193 ރަސޫލު ޒަމާނުގައި ދޮގު ހެދުމުގައި އުއްމު ޖަމީލު ވަރެއްނެތެވެ. އޭނާގެ ދޮގުވެރިކަން ބޮޑުވެގެން ގޮސް އެކަން މީސްތަކުންނަށް މައުރިފާ ކޮށްދެއްވުމަށް ލަހަބު ސޫރަތް ބަވާލެއްވިއެވެ. ދުނިޔެ އޮތްހާ ދުވަހަކު އެއާޔަތްތައް ކިޔެވޭ ގޮތުގައެވެ. 

އަދުލާ އިންސާފަކީ އުއްމު ޖަމީލު ފަދަ ޖަމީލަކު ދައްކާ ވާހަކައެއް ދެކޭ ގޮތެއް ނޫނެވެ. ނަމުގެ ކުރިޔަށް ހަތަރު ޑރ ޖެއްސަސް މި ޒަމާނުގައި ހައަނގަ ޖަމިލަށްވުރެ ވަކީން ބޮޑު ދޮގުވެރިއަކު މަދުވާނެއެވެ. އެހެރަ ބޮޑު ނިތަށް ރުލެއްވެސް އަރުވާނުލާ ފަތިފައްޗަށް މަތިމައްޗަށް ދޮގު ހަދާލުމަކީ ޖަމީލަށް ދާދި ފަސޭހަ ކަމެކެވެ. 

ފާޅުކަން ބޮޑު ގޮތެއްގައި އާއްމު ތަންތާނގައި އަޑަށް ބާރުލާ ވަގަށް ގޮވާ މަގުމަތިން ހުކުން ކުރި މުޖުރިމު ޔާމީނު މައުސޫމަކަށް ހަދަން ޖަމީލު ނިކުމެ ހުންނާނީ ގައިމު ދޮގުފަށެއް ހަދައިދީގެންތާއެވެ. ޖަމީލުގެ މައްޗަށް ޔާމީނު ވެސް ހިތްހެޔޮ ނުވާނެކަން ހަތް ހުވާކޮށްފައި ބުނަން ކެރޭހާވެއެވެ.

އެހެން ނުވަނީ ކީއްވެ ހެއްޔެވެ. ޖަމީލުގެ ނަޒަރުގައި ޔާމީނަކީ ވަގު ބުޅަލެކެވެ. ފާސިގެކެވެ. ޚާއިނެކެވެ. ގާތިލެކެވެ. ޠާގޫތެކެވެ. ދައްޔޫސެކެވެ. ޖަމީލު ބުނި ގޮތުން ދިގު މުއްދަތަށް ޔަމީނު އޮންނަން ޖެހޭނީ ޖަލުގައެވެ، މިއްޔަކީ މަށަކު ދައްކާ ވާހަކައެއް ނޫނެވެ. އެކިތަންތާ އެކިފަހަރު ޔާމީނަށް ނިސްބަތްކޮށް ޖަމީލު ދައްކާފައި ހުރި ވާހަކައެވެ.

އަމިއްލަ ޒަމީރު ގަބޫލުނުކުރާ ކަންތައް ތަކެއް ކުރިން ވާހަކަ ދެއްކި ގޮތާއި ހިލާފަށް ކުރުމަށް މީސްތަކުން ކުރިމައްޗަށް ނިކުންނާނީ ލަދެއް ހަޔާތެއް އަމިއްލަ ނަފްސްގެ އަގެއް އަމްދުން ނެތީމައެވެ. ފައިސާ ލިބުނަސް އެ ވަރަށް ޔާމީނަށް ކުނިފުޅަ ގޮވާފާ އެއީ ނުވާ ކަމަކަށް ހަދަން ޖަމީލު އުޅޭނީ ހާދަ ގޮތްކުޑަ ވީމައެވެ. 

ޔާމީނުގެ ދިފާއީ ވަކީލަކަށް ވެގެން ހުރެ ދައުލަތް ދަވާލައިގެން ޔާމީނު ދިރުވާލި ލާރިގަނޑު ދައުލަތަށް ލިބުނަ ނުދޭން އެއް ރޮއްޖަން ފޫގަޅައިގެން ޖަމީލު ހުރި އިރު އަމިއްލައަށް ބަރަހަނާ ވެވޭކަން ނޭނގޭ ވަރަށް ޒައްގޫމު ކެވޭކަން ވެސް އެފަކީރަށް ނޭނގެއެވެ. ބުންޏަސް އަޑެއް ނީވެއެވެ. ކޯޓުން ކުރާ ހުކުން ހަރާންކޮށްގެން ހަލާލު ހުކުން ހޯދަން ކޯޓަށް ދުވަނީ ޔާމީނު އަތުން ކިހާލާރިއެއް ކައްވާލާނަމޭ ހިތާހެއްޔެވެ.

ނުތާހިރު ނަޖިސް ފެންގަނޑެއްގެ ތެރެއަށް ތޯހިރު ތޯލާއެއްހާ ފެން އެޅުނަސް އެފެންވެސް ވަނީ ނަޖިހެވެ. އެހެނަސް ޔާމީނު ދައުލަތުން ކައްވާލައިގެން ދައުލަތަށް ދައްކަން އަމުރުކޮށްފައިވާ މިލިޔަން ޑޮލަރުގެ ތެރޭގައި ހުއްދަ ގޮތުގައި ހޯދި ފައިސާ ވެސް ހުންނާނެއޭ ބުނަން ޔާމީނަށްވާ އެގިއްޖެއެވެ. ޖަމީލަށް އެވަރު ވެސް ނުވިއެވެ. 

ޖަމިލުގެ މިހާރުގެ ކަމަކީ ދެއިރު ކާ ބޭހެއްހެން ރައީސަށް ވަގަށް ގޮވުމެވެ. މައުމޫނު ރައީސް ކަމުގައި ޖަމީލު ކަމަކީ މައުމޫނަށް ވަގަށް ގޮވުމެވެ. އަންނިއަށް ވެސް ހުއްޓާ ނުލާ ގޮވީ ވަގަށެވެ. ޔާމީނަށް ނިސްބަތްކޮށް ހުތުރުވެގެން ނުދައްކާ އެއް ވާހަކަ ނެތެވެ. ޔާމީނަށް ވަގަށް ނުގޮވާ ރާގެއް ތަނެއް ނެތެވެ. ރައީސްކަމުގައި ތިބޭ މީހުން ދެކެ ޖަމީލު މިއަރަނީ ހާދަ ރުޅިއެކެވެ. ރައީސް ކަމަށް ފެން ބޮވިޔަސް އެއްޔަކީ މީހުން އުޅޭ ގޮތެއް ނޫނެވެ. 

އެންމެ މަޖަކަމަކީ އެހެން މީހުން ދޮގުހަދާ ވާހަކައާއި ސާބިތު ނުހިފޭ ވާހަކަ، ދައްކާ ވާހަކަ ޖަމީލު ހުއްޓާނުލާ ދައްކާ ޓްވީޓް ކުރުމެވެ. އެ ވާހަކަ ދައްކަން ކޮށި އަރައިގެން އުޅެން އެންމެ ތާހީރީ ހައަނގަ ޖަމީލެވެ.

ރިޔާސީ އިންތިހާބުގެ ކުރިން ޔާމީނު މިނިވަން ކުރާނަމޭ ކިޔާ މޭފުއްޕިޔަސް ބަޅުރުކު ކުދިންވެސް ޖަމީލު ކިޔާ އެއްޗަކަށް ނުބަލައެވެ. ތިޔަ ޖަމީލަކު ދައްކާ ވާހަކައެއް އަހައިގެން ބަސް ގަބޫލު ކުރާނޭ އާދަމު ދަރިއަކު އުޑުބަޅުކުރެއްވި ހިސާބުގައި މިހާރަކު ނޫޅެއެވެ. ހޭޅިވަލު ކަނބިއްޔެއްހެން ގޮވާލަ ގޮވަލާ ހުންނާށެވެ.

]]>
Sun, 02 Apr 2023 21:12:00 +0500 ހީރަސް
ސަރުކާރުން އަލީ ސޯލިހު ވަކިވާނީތަ ނޫނީ ވަކިކުރާނީތަ! https://heerasnews.com/1192 https://heerasnews.com/1192 ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސާލިހު މިހާރުން މިހާރަށް ސަރުކަރުން ވަކި ކުރަންޖެހެއެވެ. ރައީސުލްޖުމްހޫރިއްޔާއާއި ވާދަކުރާ ކެންޑިޑޭޓް ލީޑަރުކަން ކުރާ ޕާޓީގެ ރަސްމީ ސްޕޯކްސް ޕާސަން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތު ތަންފީޒުކުރާ މަގާމެއްގައި ގާނޫނު އަސާސީގެ 115ގެ ދަށުން ނުހުރެވޭނެއެވެ. ވާދަވެރިއެއްގެ ފަހަތަށް އަރާ އޭނާ ވިއްކަން އުޅޭނީ ރައީސްގެ ސިޔާސަތު ކަމު ނުދާތީއެވެ. 

ރައީސްގެ ސިޔާސަތު ތަންފީޒު ކުރަން ތިބެންޖެހޭނީ ތަންފީޒު ކުރާ ސިޔާސަތު ކަމުދާ ބައެކެވެ. އެހެން ގޮތަކަށް އުޅެންވާނީ އުޅޭގޮތް ދޫކޮށްލާފައެވެ. އެމްޑީޕީއާއި އެކު ޖުމްހޫރީން ކޯޅިޝަން ހެދީ ރައީސްގެ ސަރުކާރު ނަގަހައްޓާ ދަމަހައްޓާށެވެ. ސަރުކާރުގައި ތިބެ ސަރުކާރާ ވާދަ ކުރާކަށް ނޫނެވެ. 

ޖުމްހޫރީ ޕާޓީއަށް ކްރެޑިޓް ނުދީ ރައީސް ސާލިހުގެ މޮޅުކަމާއި މި ސަރުކާރުގެ ކާމިޔާބީތަކާއި ސަރުކާރުގައި ތިބެ ޖުމްހޫރީން އެޅި މޮޅުގެ ވާހަކަ އަލީ ސާލިހަށް ދައްކާލަން ކެރޭނެ ބާވައެވެ. ކެރެންޏާ ދައްކާލަން ފަށާބަލާށެވެ. ކިހާ ދުވަހަކު ޖުމްހޫރީ ސްޕޯކްސް ޕާސަނަކަށް ހުރެވޭތޯ ބަލަން ތިބޭނަމެވެ. ނުހުރެވޭނެއެވެ. ނުބަހައްޓާނެއެވެ. ވާދަވެރި ހާލަތުގައި ބަހައްޓައިގެންވެސް ނުވާނެއެވެ. 

ގޮތެއް އަދަބެއް ސަދަބެއް ހުރިނަމަ ކުޑަވެގެން ޑރ. މައުސޫމު އެކޮށްލެއްވި ވަރުވެސް ކޮށްނުލާ ސަރުކާރުގެ ސިޔާސީ މަގާމެއްގައި ނުތިބޭނެއެވެ. ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވަނީ ދިވެހި ދައުލަތާ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ، ރިޔާސީ ދެވަނަ ދައުރެއް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވުންކަމަށެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި ޑރ. މައުސޫމް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާކަން ހާމަކުރެއްވީ ފިސާރި ކެރިވަޑައިގެން ހުންނަވައެވެ.

މިނިސްޓަރ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި މުޅި ދިވެހި ދައުލަތަށްވެސް އެންމެ ފައިދާބޮޑު ގޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއްވެސް ޝަރުތަކާއި ނުލައި ތާއިދުކޮށް، ރައީސް ޞާލިޙަށް ބައިއަތު ހިފާފައިވާ ކަމަށެވެ. 

ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމުމާއި ގުޅިގެން ޖޭޕީގެ ސްލޮޓްގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން އަންނަނީ ރައީސް ޞާލިޙަށް ތާއީދު ކުރައްވަމުންނެވެ. ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާކަން މައުސޫމް ވެސް ހާމަކުރައްވާފައިވެއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހާއި ޗައިނާ އެންބަސީގެ ޑެޕިއުޓީ އެމްބަސެޑަރ ސޮބާހު ރަޝީދާއި އާޓްސް މިނިސްޓްރީގެ ނައިބު ވަލީދާގެ އިތުރުންވެސް ގިނަ ބޭފުޅުން ތަކެއް ޖުމްހުރީ ޕާޓީން ވަކިވެ ވަޑައިގެން ރައީސް ސާލިހަށް ބައިއަތު ހިއްޕަވައިފިއެވެ. އެބޭބޭފުޅުންނާއެކު އެބޭފުޅުންގެ އާއިލަތަކާއި ރަހުމަތްތެރިންނާއި ފޭނުން ބައިބަޔަށް ރައީސް ސޯލިހަށް ދެވަނަ ދައުރު ހޯއްދަވަ ދެއްވުމުގެ މަސައްކަތްޕުޅު ވަނީ ފައްޓަވާފައެވެ.

ރައީސް ސާލިހުގެ ކެބިނެޓްގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ލީޑަރ ގެ އަނބިކަބަލުން އައިޝާއާއި އަރިސް ދަރިވަރު ޑރ. ހުސައިން ހައްދަވަން އުޅުއްވާ ގޮތެއް ސާފެއް ނޫނެވެ. 

]]>
Sun, 02 Apr 2023 18:18:08 +0500 ހީރަސް
ގާސިމަށް ވެރިކަމުން ބައިނުލިބޭނެ ފަސްއަހަރު https://heerasnews.com/1191 https://heerasnews.com/1191 ސިޔާސީ އިސްލާހީ ހަރަކާތުގެ ނަމުގައި ކޮންމެވެސް ބަޔަކު ކޮންމެވެސް ފެންވަރެއްގައި އަބަދުވެސް ކުރެއެވެ. އެކި ފަހަރު އެކި ނަމުގައެވެ. ކޮންމެ އިސްލާހީ ހަރަކާތަކާއެކު ބަދަލުތަކެއް އައުދެއެވެ. ހެޔޮބަދަލާއި ނުބައި ބަދަލެވެ. ހަރަކާތުގެ ކުޑަބޮޑު މިންވަރުން ނެރެވޭ ނަތީޖާވެސް ތަފާތެވެ.

ވެރިކަން ހޯދުމަށް ގިނަ ބައެއްގެ ތާއީދު ހޯދުމަށާއި ބާރުވެރިކަން ދަމަހައްޓަން ބައި ބޮޑުކުރެއެވެ. ވެރިކަން ލިބުމުން ދޭނެއެއްޗަކާ ކޮށްދޭނެ ކަންކަމުގެ ވާހަކަ ދައްކައެވެ. ޕާޓީ ހަދައިގެން މެންބަރުން ގިނަކޮށް ޕާޓީގެ ހަރަކާތްތައް ހިންގާ ބޮޑުކުރަނީ ވެރިކަން ހޯދުމަށެވެ. އެކި ސިފަސިފަގައި އެކި ނަންނަމުގައި ކޯލީޝަން ހަދަނީވެސް އެބޭނުމުގައެވެ. އެކަނިމާ އެކަންޏަށް ވެރިކަމެއް ހޯދޭވަރު ނުވާތީއެވެ. 

ވައުދާއި އަހުދާއި މެނިފެސްޓޯއަކީ ވެސް ވެރިކަން ހޯދުމަށް އަޅާ ފާލަމެވެ. ރައީސް ނާސިރާއި ރައީސް މައުމޫނު މެން ގިނިކަންޏާ ވެރިކަމަށް ކުރިމަތި ލެއްވި ދުވަސްވަރު ވެސް ވޯޓު ހޯއްދެވުމަށް ވައުދާއި އަހުދުވެއެވެ. ބިންގާ އަޅާ ކަޑަޖަހައެވެ. ތަފާތަކީ މިހާރުހެން ވާދަވެރި އެހެން މީހަކު ފެންނަން ނެތުމެވެ.

އީވާން ނަސީމްގެ މަރަށް ފަހު ރާއްޖޭގެ ސިޔާސީ ނާރެސް ބަދަލުވެގެން އައީ ހަމަ ހުރެފައެއް ނޫނެެވެ. މަލްޓިޕާޓީ ޑިމޮކްރަސީގެ ނަމުގައި ދިގު ތިރީސް އަހަރުގެ ވެރިކަން ފުރޮޅާލުމަށް ތަފާތު ފިކުރުގެ އެތައް ބަޔަކު ހިންގި އިސްލާހީ ހަރަކާތް އެއްގައު ކުރުވި ނަމަކީ އެމްޑީޕީއެވެ. ވެރިކަމުގެ ބޭނުން އޮވެ އެ ބޭނުމަށް މަސައްކަތްކުރުވި އެންމެން އެއްބަސްވާ އެއްފިކުރު ކަމަށްވާ ބަދަލުގެ ފިކުރުގެ ނަމަކީ އެމްޑީޕީއެވެ.

ވެރިކަން ބަދަލު ކުރުމަށްޓަކާ އެމްޑީޕީ އުފެދުމުން ވެރިކަން ދެމެހެއްޓުމަށް ޑީއާރުޕީ އުފަންކުރީ ވެރިކަމުގައި މައުމޫނު ވެސް 30 އަހަރު ހުންނެވީ އެކަނި ނޫން ކަމާއި ބައިބޮޑުކަމާއި އަސްލު ސައިޒް ދެއްކުމަށެވެ.

އިސްލާހީ ހަރަކާތުގެ ކޮއްތުދަރާ ބޯފެނަކީ ގާސިމު ކަމަށް ހެދިގެން ހަރަދު ބަރަދު ސުމާރެއް ނެތި ކުރީ ގައުމަށް ހެވެއް އެދިގެނެއް ނޫނޭ ބުނެވެހާވެއެވެ. އޮގަސްޓް 12،13ގެ ޖަލުގޮޅިން ޑީއާރުޕީގެ ނައިބު ލީޑަރަކަށް ބަދަލުވެ ޑީއާރުޕީގެ ތެރޭގައިހުރެ މައުމޫނުގެ ވަރަކޮށާލީ ވެސް ގާސިމެވެ. އަމިއްލަ އަތް މައްޗަށް ވެރިކަން ފިރުކާލުމުގެ ބޭނުމުގައެވެ. 

މައުމޫނުގެ ވެރިކަމަށް 27 އަހަރު ވުމަށްފަހު ބާރުތައް މަޑުމަޑުން ދޫވަމުން އައި ތަންވަޅު ބަލާ މައުމޫނުގެ ހިޔަނިން ވެރިކަމުގެ ބާރު އަތްމައްޗަށް ކަހާލަން ބޭނުންވީ އެންމެން މައުމޫނު ގެ ޑީއާރުޕީގެ ތެރޭގައި އޭރު ރުކުރުވާލާފައި އޮތުމުން އެތަނަށް ވަދެ ޑީއާރުޕީ ފުނޑާލިއެވެ. ޔާމީނަށް ޕީއޭ ހެދުމަށް މަޖުބޫރު ކުރުވިއެވެ. މޮނާޒާ ނައީމް ލައްވާވެސް ޕާޓީއެއް ހެދުވީއެވެ. އޭޑީކޭ ނަޝީދު ލައްވާ ޖުމްހޫރީ ޕާޓީ އުފެއްދިއެވެ. ބޭނުމަކީ ގާސިމް އިބްރަހީމްގެ ވެރިކަމެއް ނުވަތަ ގާސިމްގެ ގޮނޑިކޮއްކޮ ވެރިކަމެއް ބޭއްވުމެވެ. 

2008ގެ ބަދަލުގެ ވަގުތުގައި ދެވަނަ ބުރުގައި އެންމެން ފެނުނީ ވަތަން އެދޭ ކޯލިޝަންގައި ތިއްބައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދާއި ރަނިންމޭޓް ޑރ. ވަހީދަށް ބައިއަތު ހިފައިގެންނެވެ. އިސްލާހީ ހަރަކާތުގައި އުޅުނު ތަފާތު ފިކުރަށް ތަފާތު ނަންދީގެން ވަކިވަކީން ތިބެފައެވެ. ހީކުރި ގޮތަށް ގާސިމަށް ވެރިކަން ލިބޭގޮތް ނުވެ ގާސީމަށް އަބަދުވެސް ވާންޖެހެނީ ވެރިކަން ހޯދާދޭ މީހާއަށެވެ.

އަންނަ ފަސްއަހަރަކީ ވެރިކަން ހޯދާދޭމީހާއަށް ވެރިކަން ނުލިބި ވެރިކަމުން ބައިނުލިބޭނެ ފަސް އަހަރަށެވެ. ފުރަތަމަ ބުރުން ވެރިކަމަށް ރައީސް ސާލިހު ނޫނީ ރައީސް ޔާމިނު އަޔަސް ގާސިމަށް ވެރިކަމުގެ ބޯކިބާލުގެ މަތި އެނދި ކުރަކޮޅެއްވެސް ނުލިބޭނެއެވެ. 

]]>
Sun, 02 Apr 2023 15:35:45 +0500 ހީރަސް
ލޯޔަރ މާއްޓޭގެ ރައްދެއް: ދިޔާނާއަށް https://heerasnews.com/1190 https://heerasnews.com/1190 ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ކޯލިޝަން ޕާޓްނަރުންނާއި އެކު ކޯލިޝަން ހެއްދެވީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް ބުނެ ކުރީގެ ބަންޑާރަ ނައިބުކަން ކުރެއްވި ދިޔާނާ ސައީދު ދައްކަވާ ހުއްޖަތުގައި ފެނެއް ނުހިފައެވެ. ދިޔާނާ ވިދާޅުވާ ގޮތުން " ވީމާ އެ މުއްދަތު ހަމަ ނުވަނީސް ކޯލިޝަން ޕާޓީތަކަށް ނިސްބަތްވާ މީހުން އެ މީހުން ތިބި މަގާމު ތަކުން ވަކިކުރުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން" ކަމުގައި ވާނެ ކަމަށެވެ. 

ދިޔާނާ މި ދައްކަވަނީ ކޮންކަހަލަ މޮޔަ ވާހަކަފުޅެއް ހެއްޔެވެ. އެއްބަސްވުމަކީ އެއްފަރާތުން އަމަލު ކުރަންޖެހޭ އެއްޗެއް ނޫނެވެ. އެއްބަސް ވުމެއް ހަދަނީ ދެ ފަރާތެއް ނުވަތަ އެއަށް ވުރެ ގިނަ ފަރާތް ތަކެއް އޮވެގެން އެންމެންމެ އެއަށް އިހުތިރާމްކޮށް އަމަލުކުރުމަށެވެ. 

ދިޔާނާގެ ދެއުޅި އެއްނުވާ އެވާހަކަފުޅަށް ރައްދު ދެއްވީ ލޯޔަރ މައުރޫފް (މާއްޓޭ)އެވެ. މާއްޓޭ އެ ވިދާޅުވަނީ ތެދުފުޅެކެވެ. އެ ވާހަކަފުޅުގައި އާރުލައެވެ. ފެން ހިފެއެވެ. 

މާއްޓޭ ވިދާޅުވަނީ " އެހެން ކަމަށް ވާނަމަ 5 އަހަރު ހަމަވަންދެން ރައީސާއެކު ތިބެންވެސް ވާނެތާ" އެވެ. އެއްބަސްވި ދައުރު ފުރިހަމަ ނުވަނީސް ރައީސާ ވާދަ ކުރަން ނިކުތުމަކީ ވެސް ކޯލިޝަން އެއްބަސްވުމާ ހިލާފުވުން ކަމަށް މާއްޓޭ ވިދާޅުވެއެވެ. "ކޯލިޝަން އެގްރިމެންޓް އެއީ ވަންވޭ ގޯޅިއެއްތޯ" މާއްޓޭ ސުވާލު އުފެއްދެވިއެވެ. 

ބުނަން ހެއްޔެވެ. މާބޮޑެތި ގާނޫނީ ވާހަކަ ދައްކަވާ ވަރަށް ވުރެ ދިޔާނާ ސައީދުމެންގެ ތައައްސަބު މާބޮޑެވެ. ދިޔާނާމެންގެ ގާނޫނީ ބުރަދަން އުޅުއްވާލެއް އައްޗިކަމުން އަމިއްލަފުޅަށް ވަނީ ނަގާލާފައެވެ. ދިޔާނާމެން ދައްކަވާ ވާހަކަ ފަނޑިޔާރުންގެ ބެންޗެއް ކީއްކުރަން ހެއްޔެވެ. ދަތްޕުކު ރޮނޑެއްވެސް މިހާރަކު ގަބޫލެއް ނުކުރާނެއެވެ. ނާހާނެއެވެ. 

2012 ގައި ކުރި ބަގާވާތުގައި ޖުމްހޫރީ މައިދާނުގައި ކަނޑިކި ނަގައިގެން އުޅުނު އުޅުން ވެސް ތިޔަހެން މިހާރު ދައްކަވާ ގާނޫނީ ވާހަކަފުޅު ތަކަށްވުރެ ދިޔާނާއާ މާ ބޮޑަށް ގުޅެއެވެ. މާ ރަނގަޅަށް ފެން ހިފައެވެ.  

]]>
Sun, 02 Apr 2023 02:42:57 +0500 ހީރަސް
ޕާޓީން ކެނޑި ފާޑުކިޔުން ގާސިމަށް ހަޖަމެއްނުވި https://heerasnews.com/1189 https://heerasnews.com/1189 ޖުމްހޫރީ ޕާޓީ ދޫކުރައްވާ ބޭބޭފުޅުން އެބޭފުޅުންގެ ރައުޔު ހާމަ ކުރައްވަމުން ގެންދަވާތީ ގާސިމް އިބްރާހީމަކަށް ހަޖަމެއް ނުވިއެވެ. ފަތުއަޑު ކިޔާފައި ޖުމްހޫރީޕާޓީން މީހުން ކެނޑެން ފެށުމުން ހަޖަމެއް ނުވާނެތާއެެވެ. ގާސިމާ ޖުމްހުރީ ޕާޓީގެ ގޮތް އެނގޭނީ ޕާޓީގައި މަސައްކަތް ކުރި މީހުންނަށެވެ. ޔާމީނު ކުރިހާ ވައްކަމުގައި ބައިވެރިވެ ހިތްވަރުދީ އަތްޖަހަން ތިބެފާ ބޮނދަން ޖުމްހޫރީ ޕާޓީއަށް އައިސް ތިބި ބަޔަކު މަތިފަޑީގައި ތިބެ ޖުމްހޫރީ ޕާޓީ ހިސޯރު ނުކޮށް އޮތް ކަމަކަށް ނުވާނެއެވެ. ޖުމްހޫރީ ޕާޓީއަކީ ރިޔާސީ އިންތިހާބު ބޯމަތިވުމުން ތިލަވާ މަސްއަޅާ ކަންދުފައްޗެއްކަން ނޭނގެނީ ކާކަށް ހެއްޔެވެ.

"ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟" ގާސިމް ވިދާޅުވާއިރު ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ކޯލިޝަން ހައްދަވައިގެން ނެންގެވުނުހާ މަންފާއެއް ނަންގަވައިގެން ހުންނަވާ ރައީސް ސާލިހުގެ ސަރުކާރަށް ނިސްބަތް ކުރައްވާ ވިދާޅު ނުވަނީ ކޮން އެއްޗެއް ހެއްޔެވެ. ވީކަމެއް ކުރެވުނު ކަމެއް އޮތްކަމަށް ވީހެއްޔެވެ. ސަރުކާރުގެ ކޮންމެ ކާމިޔާބީއަކާ ގުޅުވައިގެން ޖުމްހޫރީއަށް ތައުރީފް ނުކޮށްގެން ވެސް އިރިއިރިލާތީ އުޅުއްވީ ގާސިމް ނޫންތޯއެވެ. ގާސިމް ގެ މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއްހެން އޮތީ އަމިއްލަފުޅު މުށުގައެވެ. އަވަހާރަ ލައްޕަވާ ތަންމައްޗަށްވެސް ވަޒީރުކަމެއް އެބަ އޮތެވެ. 

ޖުމްހޫރީ ޕާޓީ ދޫކޮށްލާ މީހުން ޕާޓީ ދޫކުރަނީ ސަރުކާރުގެ މަގާމުގެ ދިފާއުގައި ކަމަށް ދޭހަވާގޮތަށް ގާސިމް ޓްވީޓެއް ކުރެއްވީމާ ކަންކަމުގައި ކެތްތެރިކަމާ ލީޑަރޝިޕް ނެތްވަރު އެވަރުގެ ކުޑަކަމަކުން ވެސް ހާމަ ވެއެވެ. 

އަޖައިބެކެވެ. ގިނަ މީހުން ސިޔާސީ ޕާޓީ އަކާ ގުޅިގެން ސިޔާސީ މަސައްކަތް ކުރަނީ ސިޔާސީ މަގާމު ހޯދާށެވެ. ކޯލިޝަން ހަދައިގެން ސަރުކާރު އެކުލަވާލަނީ ސިޔަސީ މަގާމުތައް ހިއްސާ ކުރާށެވެ. މި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ތިބި މީހުން ރައީސް ސާލިހު ހޮވަން ނޫޅެ ގާސިމް ނޫނީ އެހެން މީހަކު ހޮވަން އުޅެން ޖެހެނީ ކީއްވެގެން ހެއްޔެވެ. ގާސިމު ރައީސް ކަމަށް އަޔަސް ބޮޑުވެގެން ލިބޭނީ ވަޒީރު ކަމެކެވެ. އެހެން ކަމަށް ވަންޏާ މަގާމު ދިފާއުކޮށް ދެވަނަ ދައުރަކަށް ރައީސް ސާލިހު ހޮވައިގެން މަގާމު ކަށަވަރު ކުރުން އެ މީހުނަށް މާ މޮޅެވެ. 

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ ގާސިމް އިބްރާހީމްގެ އަނބިކަބަލުން އައިޝަތު ނަހުލާ ވަޒީރުކަމުން އިސްތިއުފާ ނުދެއްވާ އެ ހުންނަވަނީ ގާސިމްގެ ލީޑަރޝިޕަށްވުރެ ރައީސް ސާލިހުގެ ލީޑަރޝިޕް ވަރުގަދަ ކަމުންތާއެވެ. ނޫނީ އަނބިކަބަލުންނަށް ވަޒީރުކަމުން ލިބިވަޑައިގަންނަވާ މުސާރަފުޅު ސަރުކާރުން ނުހޯއްދަވާ އުޅުއްވޭ ވަރަށްވުރެ ބިކާރީ ބޭފުޅަކަށް ގާސިމް ވަނީތާއެވެ. 

ޕާޓީ ދޫކޮށް ސަރުކާރާ ގުޅި ރައީސް ސާލިހަށް ތާއީދުކުރާ ކޮންމެ މީހަކަށް ކުޑައިމީސް ކުރުމުގެ ގޮތުން ވަޒީފައަށްޓަކާ ޕާޓީ ދޫކުރަނީ ކަމަށް ބަޔަކު ބުންޏަސް ޕާޓީ ހަދައިގެން ޕާޓީއަށް ވެރިކަން ހޯދަން އުޅެނީ މަގާމާ އާރާބާރުގެ ބޭނުމުގައި ނޫންކަމަކަށް ނުވާނެއެވެ.  

]]>
Sat, 01 Apr 2023 18:27:20 +0500 ހީރަސް
އަގީދާގައިވެސް ވައްޑެއަކީ ނަޝީދުގެ އަޅެއް https://heerasnews.com/1188 https://heerasnews.com/1188 ޑރ. އަފްރާޝީމް ފުރުއްވި ގޮނޑީގައި އިންނަވައިގެން ޑރ. އަފްރާޝީމަށް ހުތުރު އަރުވަން ވައްޑެ ލަދެއް ނުގަނެއެވެ. ޑރ. އަފްރާޝީމްގެ ހަޔާތްޕުޅުގައި އެ މަނިކުފާނަށް އެންމެ ދުއްތުރާ ކުރި މީހަކީ ކެނެރީގޭ ނަޝީދެވެ. ޑރ. އަފްރާޝީމްގެ ސިޔާސީ ހަޔާތުގައި އެ މަނިކުފާނަށް އެންމެ ގޯނާކުރި މީހަކީ ނަޝީދެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސް ކަމުގައި ޑރ. އަފްރާޝީމް ހުންނަވާތީ ކެތްނުކުރެވިގެން ޖޭއެސްސީގެ މެންބަރ ކަމުން ޑރ. އަފްރާޝީމް ވަކިކުރުމުގެ ހުރިހާ ކަމެއް ހިންގީ ސީދާ ނަޝީދެވެ. އޭނާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރެގެންނެވެ. 

ޑރ. އަފްރާޝީމަށް ނިސްބަތްކޮށް ކެނެރީގެ ނަޝީދު ޅެމެއްގެ ސިފައިގައި ދައްކާދޭން އުޅޭ އަގީދާއަކީ ކޮބައިކަން ފައިނު ވައްޑެމެނަށް އޮޅުނަސް ގިނަ ދިވެހިންނަކަށް ނޯޅެއެވެ.

ޑރ. އަފްރާޝީމްގެ އާދޭސްގެ ނަމުގައި ނަޝީދު ކިޔާފައި އޮތް އެއްޗެއް ބައްލަވާލެއްވުމަށް ފަހު ނަޝީދުގެ އަމަލުތައް ހުރިގޮތް ހަނދުމަފުޅަށް ގެންނަވާށެވެ. މީހެއްގައި ހުރި ނޭއްގާނިކަމާއި ނުބައި ވިސްނުން އިހުސާސްކޮށް ލެއްވޭނެއެވެ.

މަޖިލިސް މެންބަރު ކަމުގައި ޑރ.އަފްރާޝީމް ހުންނެވުމުން އެންމެ ބޮޑަށް ހަޖަމު ނުކުރެވުނީވެސް ރައީސް ނަޝީދަށެވެ. ރާއްޖޭގެ މޫނުމަތިން އިސްލާމީ ޝިއާރު ފާޅުވާ ކަންކަން ފުހެލުމަށް ރައީސް ނަޝީދު ހިންގި ޖަރީމާ ހިންގުމަށް އެންމެ އުދަގޫވީ އަފްރާޝީމް މަޖިލީހުގެ މެންބަރަކަށް ހުންނެވުމުންނެވެ.

ރާއްޖޭގެ ރަސްމީ ތައުލީމުގައި އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާއެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް އިހުތިޔާރީ މާއްދާއަކަށް އިސްލާމް މާއްދާ ހެދީ ނަޝީދުވެރިކަމުގައި ނަޝީދު އިސްވެ ހުރެއެވެ. އިސްލާމް މާއްދާއަކީ މަޖުބޫރު މާއްދާއަކަށް ގާނޫނަކުން ހެދީ ޑރ. އަފްރާޝީމް މަޖިލީހުގައި އިންނަވާ ނަޝީދާ ދެކޮޅަށް ކުރެއްވި މަސައްކަތުންނެވެ.

އިސްލާމީ ތައުލީމުދޭ ކުއްލިއްޔާ ރައީސް ނަޝީދު އުވާލުމުން ގާނޫނަކުން ކުއްލިއްޔާ އަނބުރާ އިޔާދަ ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވީ ޑރ. އަފްރާޝީމްއެވެ. ގާނޫނުލް އުގޫބާތުން ހައްދު ޖެހުން ނައްތާލުމަށް ހުރަސް އެޅުއްވުން ފަދަ އެތައް ކަމަކާ ހުރެ މަޖިލިސް މެންބަރެއްގެ ގޮތުގައި ޑރ. އަފްރާޝީމް އިންނެވުމަކީ ރައީސް ނަޝީދަށް ހަޖަމް ކުރެވުނު ކަމެއް ނޫނެވެ. 

ޑރ. އަފްރާޝީމްގެ ދީނީ ވިސްނުންފުޅު ކަމަށް ސިފަވާ ގޮތަށް ރައީސް ނަޝީދު ހަދާ ކުރިން ވައިރަލް ވެފައިވާ ޅެމެއް އަލުން އުނގޫފާރު ދާއިރާގެ ގޮނޑީގައި އިނދެ ފައިނު ވައްޑެއް ޓްވީޓް ކުރިޔަސް ވައްޑެއަކީ ޑރ. އަފްރާޝީމް ހިންގެވި މަގުން ހިނގޭވަރުގެ މީހެއް ނޫނެވެ. ދީނީ ގޮތުންނާއި އަހުލާގީ ގޮތުންނާއި ސިޔާސީ ވިސްނުމުގައި ފައިނު ވަހީދަކީ މިނިވަނެއް ނޫންކަން އެނގެއެވެ. އަގީދާގައި ވެސް ވައްޑެއަކީ ނަޝީދުގެ އަޅެއްކަން މާބޮޑަށްވެސް ސާފުވެއްޖެއެވެ. 

އެކަމަކު ބުނަން ހެއްޔެވެ. އަފްރާޝީމް ވިދާޅުވީ މިހެންނެވެ. އަފްރާޝީމް ވިދާޅުވީ ނަޝީދު އެބުނާ ހެނެއް ނޫނެވެ.   

]]>
Sat, 01 Apr 2023 16:50:46 +0500 ހީރަސް
ނަޝީދާއި ގާސިމާއި މައުމޫނަކީ ގައުމީ މުސީބާތެއް! https://heerasnews.com/1187 https://heerasnews.com/1187 ނަޝީދާ މައުމޫނާ ގާސިމުގެ މުސީބާތަކީ ކުޑަ މުސީބާތެއް ނޫންކަން ޔާމީނު ދެނެވަޑައިގަނެއެވެ. މި މީހުން މުޖުތަމައަށް ދޫވެފައި ތިބެގެން ދުވަހަކު ގައުމު ހަމަ މަގަށް ނޭޅޭނެކަން ޔާމީނު ވިސްނިވަޑައިގަނެއެވެ. އެހެންކަމުން ރައީސް ޔާމީނުގެ ޖެހެލުން ކުޑަ ރަހުމު ކުޑަ ސިޔާސަތުގެ ކުރިމަތީގައި ހުރިހާ ވާދަވެރިން ކުރެ އެކަކަށްވެސް ވައްވަކެއް ނުޖެއްސެވުނެވެ. ރައީސް ޔާމީނު ކުރެއްވި ކަމަކީ ނިއްކުރިފުޅުގައި އަނިޔާވެރިކަމުގެ ސިއްކަ އަމިއްލަފުޅަށް ޖެއްސެވުމެވެ. އުސޫލުން ބޭރުންވެސް ހައްޔަރުނުކޮށް ދޫކޮށްލާފައި ބައިތިއްބާ ވަރަށްވުރެ ގައުމީ ސަލާމަތަށް އެމީހުންގެ ނުރައްކާ ބޮޑުކަން ޔާމީނު ދެނެވަޑައިގެން މޫނެއް ކަނދުރާއަކަށް ނުބައްލަވާ ފިޔަވަޅު އެޅުއްވީއެވެ. 

ހަމަ އެޔާއެކު ޔާމީނުގެ ވެރިކަމުގައި ހިންގިހާ ހިޔާނަތާއި ބިޔަ ބިލާދަރު ވައްކަންތައް ފަސޭހަ ރަހުމަތެއްގައި ނުބެލޭ ވަރަށް އެކަމުގައި މުޅި ދައުލަތް ޝާމިލް ކުރުވީއެވެ. އިދިކޮޅެއް އެއްކޮޅެއް ނުބައްލަވައެވެ. ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕާއި ފަނޑިޔާރުންވެސް ޖައްސާ ގަރަނބު ކޮއްލެއްވީއެވެ. 

ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނުގެ ވެރިކަން ނިންމަން ގައުމީ ސަލާމަތަށް ނުރައްކާތެރި ނަޝީދާ ގާސިމާ މައުމޫނު މިނިވަން ކުރަން އެމީހުންގެ އައުވާނުން ގުޅިގެން ފޫގެޅިއެވެ. ދަނޑިވަޅުބަލާ ޝައިހު އިމްރާނާ ކާނަލް ނާޒިމާ ވެސް އެ ފައްޗަށް މަހާލައިގެން އެއްވާނަކަށް ޖެއްސިއެވެ. އޭރު ނަޝީދު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި މައި ބަދައިގެ ފަރުވާ ކުރެއްވުމަށް ވަޑައިގެން ގޮތަށް ރާއްޖޭން ބޭރުގައެވެ. މައުމޫނު ހުންނެވީވެސް ޖަލުހުކުމުގައި ޖަލުގައެވެ. ޔާމީނާ އަންނި ގުޅިވަޑައިގެން ގާނޫނު އަސާސީއަށް ގެނައި ބަދަލަކުން އުމުރު ދޮށިވެ ރިޔާސީ އިންތިހާބަށް ނުނިކުންނޭވޭ އިރު ގާސިމް ހުންނެވީ ހުކުމަށް ފިއްލަވައިގެން ޖަރުމަނުގައެވެ. ޝައިޚު އިމްރާނާ ކާނަލް ނާޒިމުވެސް ތިއްބެވީ ޖަލުގައެވެ.

ހާލަތު ނިޔާކުރިގޮތުން ރައީސް ޔާމިނުގެ ވެރިކަން ނިންމުމަށް ވާދަވެރިން އެއްވާނަކަށް ފެށި މަސައްކަތުގައި އެމްޑީޕީ އިސްވެ އޮވެ ބިޔަ ބޮޑު ކޯލިޝަނެއް ހެދިޔަސް ރިޔާސީ ކެންޑިޑޭޓަކަށް ނެރޭނެ މީހަކާމެދު އެއްގަލަކަށް އެރުން އުދަގޫވެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް އެހެން އެންމެން އެފުރުސަތު ދޫކޮށްލިއެވެ. 

އެހެނެއް ކަމަކު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނު ހިސޯރު ކުރައްވައިގެން މިހާރު އެ އުޅުއްވާހެން 2018 ވަނަ އަހަރު އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދު ހިސޯރު ކުރެއްވިއެވެ. ރިޔާސީ އިންތިހާބުގައި ގާނޫނީ ގޮތުން ވާދަ ނުކުރެއްވޭނެކަން ދެނެވަޑައިގެން ހުންނަވައެވެ. ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައި ނުގަންނަވާ ގޮތަކަށް އެމްޑީޕީގައި ވެރިކަން އޮތުމަކަށް އެފަހަރުވެސް ރައީސް ނަޝީދު ބޭނުންފުޅެއް ނުވެއެވެ. ހުކުމެއްގައި ހުންނެވުމުން ރައީސް ނަޝީދަށް ކުރިމަތި ނުލެއްވި އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލެން އެމްޑީޕީ ކޮންގްރެސް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން ގޮތްހުސްވެ އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭ ހިސާބުން އުކުޅަހު ކޮންގްރެހުގައި ލާޖައްސައިގެން ރިޔާސީ ޓިކެޓް އިބްރާހީމް މުހައްމަދު ސާލިހަށް އެރުވީއެވެ. ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ކޮންގްރަހުންނެވެ. ރައީސް ނަޝީދުގެ ނުރުހި ވަޑައިގެން ހުންނަވަނިކޮށެވެ.

އޭރުއްސުރެ ރައީސް ނަޝީދުގެ އެއްބާރުލެއްވުމެއް އިބު ފައިސަލަކަށް ހަގީގަތުގައި ނުދެއްވައެވެ. އެހެނެއް ކަމަކު ޔާމީނުގެ ވެރިކަން ބަދަލުކޮއްގެން ނޫނީ ޖަލުހުކުމުން މިންޖުވާނެ އެހެން ގޮތެއް ނަޝީދަކަށް މައުމޫނަކަށް ގާސިމަކަށް ނެތެވެ. ރަށްފުށު މެދު ފަންތީގެ މީހަކަށް ރައީސްކަން ދިނުމަކީ ހަޖަމު ކުރެވޭ ކަމަކަށް ނުވިޔަސް އެހެން ގޮތެއް އޭރަކު ނަޝީދަކަށް މައުމޫނަކަށް ގާސިމަކަށް އޭރަކު ނެތެވެ.

ކޯލިޝަނުގެ މުށުތެރޭގައި ރައީސް ސާލިހު ތާށިކޮށްލައިގެން ނެގެން އޮތް ހުރިހާ މަންފާއެއް ގާސިމާއި ނަޝީދާއި މައުމޫނު އައީ ނަގަމުންނެވެ. ނަށީދުގެ ގޮނޑިކޮއްކޮއަކަށް ރައީސް ސާލިހުވެ ވަދައި ނުގަތުމުން ސަރުކާރުގެ މަގާމުތަކުގައި ތިބި ނަޝީދުގެ އެޖެންޓުން ލައްވާ ސަރުކާރު ޕެރެލައިޒް ކުރަން ހުއްޓާނުލާ އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ނަޝީދު ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައެވެ.

ކޯލިޝަންގެ ބާރުގައި މުޅިގައުމު ގާސިމް ދަވާލާތީ ކަން ބޮޑުވެގެން އުޅުއްވި ރައީސް ނަޝީދު ގާސިމަށް ވެރިކަން ހޯދަދޭން ގައިވީދާންވެސް އެ ހުންނެވީ އެއްރޮއްޖަށް ފޫގަޅައިގެވެ. އެމްޑީޕީ ފުނޑުފުނޑު ކޮށްލުމަށް ރައީސް ނަޝީދު އިސްވެ ހުންނަވާ ނުކުރައްވާ އެއްކަމެއް ނެތެވެ. އެމްޑީޕީ ބައިބައިކޮށް އެމްޑީޕީގެ އާރާބާރު ކަނޑުވާލަން ކުރިއްޔާ ކުރިކަމެއްކުރީ އެމްޑީޕީގެ ރައީސް ނަޝީދެވެ. 

]]>
Fri, 31 Mar 2023 17:53:39 +0500 ހީރަސް
ކައިޒީންގެ އުފަންދުވަހުގެ "ބަރަކާތުން" ގާސިމް ރިޔާސީ ރޭހަށް! https://heerasnews.com/1186 https://heerasnews.com/1186 އުސްފަސްގަނޑޭ ބުނުމާ އެކު ހިތަށް ސިފަވަނީ އެމްޑީޕީއެވެ. ޑިމޮކްރަސީ އާއި އިންސާފަށްޓަކާ އަނިޔާ އާއި ދެކޮޅަށް އެމްޑީޕީގެ ގަދަފަދަ ލަޝްކަރު ރުކުރުވާލި މާލޭގެ ބިމަކ  ހެންވޭރު އުސްފަސްގަނޑެވެ. އެމްޑީޕީގެ ސްޓޭޖަކުން އެ ޕާޓީގެ ރައީސް ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް އެންމެ ހޫނު ބަހުގެ ހަމަލާ ދެއްވީ އުސްފަސްގަނޑު ގައެވެ.

ދުނިޔެ އެނބުރެމުން ސެނބުރެމުން ގޮސް 2023ގެ މާރޗް 30 އަށް މެންދަމު ގަޑިން 12 ޖެހިއިރު އުސްފަސްގަނޑުގައި ރަނިކަން ކުރައްވަން ހުންނެވީ ރާއްޖޭގެ ޒުވާން މޮޑެލް ކައިޒީންއެވެ. ޒުވާނުން ކިތަންމެ ފައްޔެއް ޖެހިޔަސް ކައިޒީންގެ ހިތުން ޖާގައެއް ހޯދުމަށް ދައްޗެވެ. 

ރަސްކަމާއި ރަނިކަން ރަމްޒު ކޮށްދޭ ރަންކުލައިގެ ތީމަކުން ޖަރީވެފައި އޮތީ ކައިޒީންގެ އުފަންދުވަހެވެ. މޭމަހުގެ 30 ވަނަ ދުވަހެވެ. ރާއްޖެގެ ބޮޑު ސޭޓް އޮނަރަބްލް ގާސިމް އިބްރާހިމް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ އުންމީދުގައި އެއްލާ 3 ވަނަ ވަކި އެއްލީ ދުވަހަށް އިރުއެރި ފަހުން ކައިޒީންގެ އުފަން ދުވަހުއެވެ. ރަސްމީ ގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޢުމުރުން 72 އަހަރުގެ ގާސިމް ހަމަ ޖެހުނު ކައިޒީންގެ ބާތުޑޭއެވެ. 

އެރޭގައި ކައިޒީން ހުރީ އުސްފަސްގަނޑު ނަގައިގެންނެވެ. މިއަދު ގާސިމް އެހުންނެވީ ރައީސް ނަޝީދާއި މީސްކޮޅު ގާސިމްގެ ފަހަތުގައި ފައްތިޔާ ކުޑަ ދޯންޏަކަށް ހައްދަވައިގެންނެވެ. 

ކައިޒީނަށް އުފާވެރި އުފަން ދުވަހަކީ ބައެއް އަނބި އަނބި ކަނބަލުންގެ މާދަމ ބަދަލު ވެގެންދިއުމުގެ ފެށުން ކަމުގައި ވެސް ވެދާނެއެވެ.

އުމުރުން 72 ގައި މިފަހަރު ރައްޔިތުން ގާސިމާއި ފެއަށް ހިނގައްޖެނަމަ ރާއްޖޭގެ ވެރިކަމާ ގާތްވުމަކީ ގާސިމަށް ދެން ދުވަހަކުވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. 

އެންމެ ދެރައީ ކޮވިޑްގެ މުޞީބާތުގައި ގާސިމް ރައްޔިތުންނާ ގައުމަށް ފިއްލެވީމައެވެ.

]]>
Fri, 31 Mar 2023 14:37:01 +0500 ހީރަސް
ޖޭޕީއަކީ ގައިރު ގާނޫނީ ޖަމާއަތެއް! https://heerasnews.com/1183 https://heerasnews.com/1183 ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފިކުރެއްގެ ދިރުމުގެ ނަމުގައި ހިންގާ ގައިރު ގާނޫ ހަރަކާތުގައި ޖުމްހޫރީ ޕާޓީން ބައިވެރިވާ ވުމަކީ ގާނޫނީ ކުށެކެވެ. އެމްޑީޕީގެ ނަމުގައި ބަޔަކު ހިންގާ ގައިރު ގާނޫނީ ހަރަކާތަކާއެކު ޖުމްހޫރީން ސިޔާސީ މަޝްވަރާކޮށް ކޯލިޝަން ހަދަން އުޅޭ އުޅުމަކީ އެކަމާއި މެދު ފިޔަވަޅު އަޅަން ޖެހޭ ކަމެކެވެ. އެނގި ތިބެ ގައިރު ގާނޫނީ ޖަމައަތަކާ ބައިވެރިވެ ގައިރު ގާނުނީ އެއްބަސް ވުމެއް ހަދާނީވެސް ގައިރު ގާނޫނީ ޖަމާއަތަކުންނެވެ.

ޖޭޕީއާއި ރައީސް ނަޝީދުގެ މަންދޫބުންގެ ދެމެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހު ހެންވޭރު ހުޅަގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް ނޫސްވެރިންނާ ބައްދަލުކޮށް ދެއްކިވާހަކައިން އެ މީހުން ތަމްސީލު ކުރާކަމަށް އެ ބުނަނީ އެމްޑީޕީކަން ސާފެވެ. 

"އަޅުގަނޑުމެން އައިސް މި ތިބީ ޕާޓީގެ ރައީސްގެ ފަރާތްޕުޅުން، އެމްޑީޕީގެ ރައީސްގެ ފަރާތްޕުޅުން،" ކަމަށް ބުނުމުން އެމީހުން ތަމްސީލު ކުރަނީ އެމްޑީޕީކަން ސާފެވެ. އަންނަ ރިޔާސީ އިންތިހަބުގައި އެމްޑީޕީން ޖޭޕީގެ ފަހަތަށް އެރި ފަދަ މޭރުމަކުން ހަސަން ލަތީފް ދެއްކި ވާހަކައިން އެނގުނުކަމަކީ އެމްޑީޕީގެ ރައީސް ގާނޫނާއި ހިލާފް ވެއްޖެކަމެވެ. އެ ހިލާފުވުމުގައި ޖޭބީ ރަނގަޅަށް ބައިވެރިވާކަމެވެ. މިހާރު މަސައްކަތް ކުރެވުމުން ދަނީ ކޯލިޝަންގެ އެގްރީމެންޓެއްގައި ސޮއިކުރުމަށް ކަމަށް ސާފުކޮށް ހަސަން ލަތީފު އެ ވަނީ ބުނެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ކަނޑައަޅާ ގޮތެއްގެ މަތީން ޕާޓީގެ ފަރާތުން ސަރުކާރާއި ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރުމުގެ ބާރު އެމްޑީޕީގެ ރައީސަށް އެމްޑީޕީގެ އަސާސީ ގަވައިދު ދެއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެއްވެސް ކަމެއްގައި ޕާޓީގެ ފަރާތުން އެއްވެސް ބަޔަކާ މަޝްވަރާ ކުރުމުގެ ބާރެއް ގައުމީ މަޖިލީހުން ޕާޓީގެ ރައީސް ނަޝީދަށް ދީފައެއް ނެތެވެ. 

2023 ގެ ރިޔާސީ އިންތިހާބާ ގުޅޭކަންކަމުގައި އެމްޑީޕީގެ ފަރާތުން އެކި ފަރާތްތަކާ މަޝްވަރާ ކުރުމުގެ ބާރު ގައުމީ މަޖިލީހުން ދީފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށެވެ. ރައީސް ނަޝީދަކަށް ޝިފާޒަކަށް އަމްރަކަށް ހަސަން ލަތީފަކަށް ނޫނެވެ. 

އަނެއްކޮޅުން އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުން ޕާޓީގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާކަން އެ ވަގުތަކު ކުރާ މީހަކީ އެ ވަގުތަކު އެމްޑީޕީގެ އިސްލީޑަރެވެ. މިހެން މިކަން އޮތް އިރު އެމްޑީޕީގެ  ރިޔަސީ ކެންޑިޑެޓެއް ކަނޑައެޅުމަށް ފަހު އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރިޔާސީ އިންތިހާބު ނިމެންދެން ރިޔާސީ ކެންޑިޑޭޓްކަމަށް އަސާސީ ގަވައިދު ބުނެއެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނަނީ ޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓަށް ވޯޓު ދިނުމާއި ތާއީދު ހޯދަން މަސައްކަތް ކުރަން ކޮންމެ މެންބަރަކަށް ލާޒިމްކަމަށެވެ. 

ކޮންގްރެސް އާއި ގައުމީ މަޖިލީހުން ކަނޑައަޅާ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ދީފައިވަ ޕާޓީގެ ރައީސް ޕާޓީން ނުދޭ ބާރެއް ލިބިގަނެގެން އެމްޑީޕީގެ ރައީސް ނަޝީދު ހިންގާ ގައިރު ގާނޫނީ ހަރަކާތުގައި ބައިވެރިވާ މެންބަރުންނާއި ރައީސާމެދު އެމްޑީޕީން ފިޔަވަޅު އަޅަންޖެހެއެވެ. ކޮންގްރެސްއާއި ގައުމީ މަޖިލީހުން އެކަށައަޅާ ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ބޮލުގައި އަޅައިގެން ހުރެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ޕާޓީގެ ރައީސް އަމަލު ކުރާ ކުރުން ހުއްޓުވަން ޖެހެއެވެ. އެހެން ޕާޓީއަކަށް ރިޔަސީ އިންތިހާބު ހޯދަދޭން އުޅޭއުޅުން ހުއްޓުވާ އެމްޑީޕީގެ އަސާސީ ގަވައިދުގެ 20 ވަނަމާއްދާގެ ދަށުން ރައީސް ނަޝީދާއި އޭނާގެ ބައިވެރން ޕަޓީން ވަކިކުރަން ޖެހެއެވެ. 

ގައިރު ގާނޫނީ ބަޔަކާއެކު ކޯލިޝަން ހަދައިގެން ޖުމްހޫރީ ޕާޓީން ވެރިކަމަށް އަންނަން އުޅޭއުޅުމަށް އިލެކްޝަން ކަމިޝަނުން ފިޔަވަޅު އަޅަންޖެހެއެވެ. އެމިހަކާ އެމިހަކުވެ ކޮންމެ މީހަކު ހަދާނެ އެއްޗެއް ހަދާ ގާނޫނީ ހުކުމަތުގެ ބާރު ކަނޑުވާލާ ކަނޑުވާލުމަށް ފިޔަވަޅުއަޅާ ގާނޫނުގެ ހުކުމް ނަގަހައްޓަން މުއައްސަސާތަކުން މަސައްކަތްކުރަން ޖެހެއެވެ. ޑިމޮކްރަސީއަކީ ހައްގާ މިނިވަންކަމާ އެއްވަރަށް ވަޖިބާ ޒިންމާވެސް އޮންނަކަމެކެވެ.  

]]>
Thu, 30 Mar 2023 18:19:17 +0500 ހީރަސް
ސިޔާސީ މަގާމުތަކަކީ ތުޅާދޫ އަމީންގެ ތަރިކަ! https://heerasnews.com/1182 https://heerasnews.com/1182 ސިޔާސީ މަގާމުތަކަކީ ޖޭޕީގެ ނައިބު ލީޑަރ އަމީން އިބްރާހީމްގެ މައިފުނަ ތަރިކައެއް ނޫނެވެ. ވަޒީރުކަމަށް މީހުން އިސްކުރުމާއި ވަކިކުރުމާއި އިސްތިއުފާ ގަބޫލުކުރުމަކީ މީދޫ އިބްރާހިމްފުޅުގެ އަމީނަށް ގާނޫނު އަސާސީ ދޭ ބާރެއް ނޫނެވެ. އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ ދީފާ އޮންނަ ބާރެކެވެ.

ސަރުކާރުގެ ސިޔާސަތުތައް ހިންގުމަށް ބޭނުންވާ މަގާމުތައް އުފެއްދުމާއި އެ މަގާމުތަކަށް މީހުން ލުމާއި ވަކި ކުރުމުގެ ބާރު ގާނޫނު އަސާސީގެ 115 ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ތުޅާދޫ އަމީނަކަށް ނޫނެވެ. 

ޖުމްހޫރީ ޕާޓިން ސަރުކާރާއެކު ކޯލިޝަން ނުހަދަން ނިންމިޔަސް އެ ޕާޓީގެ ސްލޮޓުގައި ތިއްބެވި ބޭފުޅުން ސިޔާސީ މަގާމުތަކުން އިސްތިއުފާ ދެއްވަން ނުޖެހޭނެ ކަމަށް އަމިނު އިބްރާހީމް ބުނީމާ އަމީނުގެ ގަމާރުކަން ކިތަންމެހާވެސް ބޮޑަކަށް އެގެއެވެ. އަމްދުން  ޖުމްހޫރީ ސްލޮޓްގައި ސިޔާސީ މަގާމެއްގައި ސަރުކާރުގައި ހުންނަ އެއްވެސް މީހަކު ވަކި ނުކުރެވޭނެ ކަމަށް ބުނިއިރު އަމީނު ހަމަތޯ ސުވާލު އުފެދެއެވެ. 

ދައުލަތުގެ މަގާމުތަކާއި ސިވިލްސާރވިސްގެ މަގާމުތަކާއި އައްޔަނުކުރާ ސިޔާސީ މުއައްޒަފުންގެ ތަފާތު އަމީރު އަމީނު ހެދިގެން އުޅޭ އަމީނަކަށް ނޭނގެއެވެ. ސިވިލްސާރވިސް މުއައްޒަފުން އައްޔަނުކޮށް ބަދަލުކޮށް ވަކިކުރަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ރައްޔިތުންގެ މަޖިލީހާއި އެހެނިހެން އިންތިހާބީ މަގާމުތަކާއި ޖުޑިޝަރީއަކީ ރައީސް މީހުން ކަނޑާ އެއްކުރާ ތަންތަނެއް ނޫނެވެ. މަޖީލީހުން ފާސްގެން އައްޔަނުކުރެވޭ މިނިވަން މުއައްސަސާތަކަކީވެސް ސަރުކާރުގެ ބައެއް ނޫނެވެ. ވަޒީރުން އައްޔަނުކޮށް ވަކިކުރުމާއި ގާނޫނު އަސާސީގެ 115 ގެ ދަށުން ސިޔާސީ މަގާމު ދިނުމާ ވަކިކުރުމަކީ ރައީސްއަށް ލިބިފައި އޮންނަ ބާރެކެވެ. ދައުލަތުގެ މިލްކުވެރި ކުންފުނި ތަކުގެ ހިންގާ ބޯޑު އެކުލަވާ ލުމުގައިވެސް ރައީސްއަށް ބޮޑެތި ބާރުތަކެއް އޮވެއެވެ.     

އަނގަފުޅާކޮށްފައި އަމީނުމެން އެއްޗެއް ބުނާއިރު ވަކި ފިކުރަކަށްވީތީ މަގާމުން ވަކި ނުކުރާނަމޭ ރައީސް ވިދާޅުވީ ކޮންބައެއްގެ ވާހަކަ ހެއްޔެވެ. ކީއްވެ ހެއްޔެވެ. އެނގޭހެއްޔެވެ. ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އާއްމު މުއައްޒަފުންނާއި ސިވިލްސާވިސް މުއައްޒަފުންގެ ވަޒީފާއާއި ޔާމީނު ސަރުކާރުން ކުޅެމުން ގޮސްފައިވަތީ ރައީސް ސޯލިހު ވިދާޅުވީ އެކަން ނުކުރައްވާނެ ވާހަކަ ކަމެއް އެހެން ބުނާ އެއްވެސް ބުރާންޗަކަށް ނޭގެއެވެ. 

ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން އިސްކޮށްފައި ތިބޭމީހުން އެކަން ނުކޮށް އެހެން ކަމަކާ އުޅެން ފެށީމާ އެ މިހުން ވަކިކޮށް އެހެން ބަޔަކު އައްޔަނު ނުކުރޭވޭ އެއްވެސް ހަމައެއް ދުނިޔޭގެ ތާކު ނުއޮންނާނެއެވެ.

ރައީސް ސާލިހުގެ ސިޔާސަތު ފަސްއަހަރު ވަންދެން ތަންފީޒްކޮށް ދިނުމަށް ވައުދާ އަހުދުވެގެން އުޅެފައި ސަރުކާރުގެ ސިޔާސަތުތައް ބޮލާލަޖަހާ އެހެން މީހެއްގެ އެޖެންޑާ ޕްރަމޯޓް ކުރަން ފެށުމެކޭ ހަލާލު އަނބި މީހާ ހަށިވިއްކަން ނިކުތުމެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ. 

އިއްޔެ މަޖިލީހުގައި ރާއީ ވިދާޅުވީ ޖޭޕީއަށް ނިސްބަތްވާ އިތުރު ވަޒީރުންނާއި ތަންތަނުގެ ވެރިން ޕާޓިން ވަކިވެ ސަރުކާރާ ގުޅެން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރާއީ ވިދާޅުވީ މަޖިލީހުގައި ގާސިމް ދިފާއުކުރަން ވެސް މަޖިލިހުގައި ތިއްބެވީ ދެތިން ބޭފުޅުން ކަމަށެވެ. އެހެންކަމުން ރީތި ގޮތަކީ ގާސިމް ސަރުކާރާ ގުޅި އިންތިހާބު ކާމިޔާބު ކުރުން ކަމަށް ރާއީ ވިދާޅުވިއެވެ.

]]>
Thu, 30 Mar 2023 16:25:33 +0500 ހީރަސް
ބާރަށު ޝިފާޒަށް ފިޔަވަޅުއެޅުން ބާރަށު ސުޖާއަށް ކަމުހިގައްޖެ https://heerasnews.com/1181 https://heerasnews.com/1181 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރައީސް އޮފީހުގެ މިނިސްޓަރ ޝިފާޒް މަގާމުން ވަކިކުރުމުން އެންމެ އުފާވީ އެކަކީ ބާރަށު ޝުޖާއެވެ.  ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ވީއުފަލުން ބުނީ ނިމިގެން ދާއިރު ބަލިވާނީ ރައީސް ސޯލިހުކަމަށެވެ. ކާމިޔާބު ކުރާނީ ރައީސް ނަޝީދާއި ޝިފާޒުކަމަށެވެ. މަލާމާތާ ފުރައްސާރައިގެ ގޮތުން ހިތްވަރު ކުރަން ޝިފާޒުގާތުގައި ބުނަމުން މިކަން (އެމްޑީޕީގެ ވެރިކަން) ޝުޖާމެން އެބަ ނިންމަން ކަމަށް ބުނެ ރީތި މަލަމާތެއް ބާރަށު ޝިފާޒަށް ބާރަށު ޝުޖާ އެކުރީ ވަރަށް ހުތުރުކޮށެވެ.

ޝިފާޒާއި ރައީސް ނަޝީދުގެ ކަންތައް ނިމިއްޖެކަމަށާއި ރައީސް ސޯލިހުގެކަންތައް ތިމަންމެން އެބަ ނިންމަމޭ ބާރަށު ޝުޖާ ބުނީ ރައީސް ނަޝީދާއި ޝިފާޒުދެކެ ލޯތްބަކުން ނޫނެވެ. ޝިފާޒް އެމްޑީޕީއަށް ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށް ވާހަކަ ދައްކަން ބާރަށު ޝުޖާއަކީ ކާކުހެއްޔެވެ. އެމްޑީޕީއަށް ހެޔޮ އެދިގެން ރައީސް ސޯލިހުގެ ނިންމުމަކަށް ފާޑުކިޔާން އެންމެ ފައްކާވާނީ ޕީޕީއެމްގެ ލީޑަރޝިޕްގެ މީހުންނެވެ.

ރައީސް ސާލިހުގެ ނިންމެވުމަކާ ދެކޮޅަށް ޕީޕީއެމް ލީޑަރޝިޕްއިން ފާޑެއް ކިޔައިފިނަމަ އެ ނިންމުމަކީ ޝައްކެއް ނެތްގޮތުގައި ވަރަށް މޮޅު ފައިދާ ކުރި ނިންމުމެކެވެ. އެ ނިންމުމެއް ވާނީ އެމްޑީޕީއަށް އެންމެ ފައިދާހުރި ކާމިޔާބު ނިންމުމަކަށެވެ.

އެމްޑީޕީއަށާއި މި ސަރުކާރަށް ފައިދާހުރި ކޮންމެ ނިންމުމަކަށް ޕީޕީއެމުން ދެކޮޅު ހަދާނެއެވެ. ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތް ކުރި އެއްވެސް މީހަކާމެދު ޕީޕީއެމް މީހަކު ހެވެއް އެދުމަކީ އަލިފަނަކީ ގަނޑުފެނަށް ވުންކަހަލަ ކަމެކެވެ. އެމްޑީޕީގެ އެއްވެސް އިސްމީހަކަށް އަމަލުކުރާ ގޮތަކުން ޕީޕީއެމްގެ ކުޑަވެސް ހަމްދަރުދީއެއް ނުއޮންނާނެއެވެ. ޕީޕީއެމްގެ ބޭނުމަކަށްވާނީ އެފަދަ ކޮންމެ މީހަކު ބާކީވެ އެކަހެރިވެ ނިކަމެތިވާށެވެ. 

އެގޮތުން ސިއްޕެގެ ވަޒީފާ ގެއްލުމުން ޝުޖާމެން އެ ވަނީ ހާދަހާ އުފަލެކެވެ. ޝިއްޕެއަކީ ބޮޑު އަނގައެއް އޮތް ފެންވަރެއް ހުނަރެއް މަގުބޫލުކަމެއް ނެތް އަންނިގެ ތެތްފެލި އުފުލާދޭ ޕަޕެޓެއްކަން ޝުޖާއަށް ނިކަން ރަނގަޅަށް އެނގޭނެއެވެ.

ރައީސް ސާލިހުގެ އެފިޔަވަޅަކީ އެމްޑީޕީ ބައިވެ ފުޑުފުޑު ވުމުގެ އަލާމާތެއް ނޫންކަން ޕީޕީއެމަށް ވެސް އެނގޭނެއެވެ. ރައީސް ސޯލިހުގެ ކެރުމައި ޖެހެލުން ކުޑަކަން އެކަމުން ރަމްޒުކޮށްދެއެވެ. އެއިއްޔަކީ ރައީސް ޔަމީނު ކުއްލި ނުރައްކާ ހިންގާ ސްޕްރީމްކޯޓް ފުރަޅުން ޓިނުނެގުން ފާޑުކަމެއް ނޫނެވެ.

ބުނަން ހެއްޔެވެ. ވަރުހުރި ޑިސިސަންތައް ރައީސް އެ ނަންގަވަނީ ގޮތް ހުސްވެގެން ބާރުކެނޑިގެނެއް ނޫނެވެ. ގަނޑު ބަދަހި އެމްޑީޕީއެއް ރައީސް އަރިހުގައި އަތުގުޅައިގެން އޮވެގެންނެވެ. ޖަރާސީމުން އެމްޑީޕީ ސާފުކޮށް ފަނިފަކުސަ ބޭރުކޮށް އެމްޑީޕީ ހަށި ފޮޅާލުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. މައުމޫނު އަތްމަތިން ޕީޕީއެމް ފުރޮޅުނު ގޮތުގެ ތަޖުރިބާ ލަހުން ނަމަވެސް އެމްޑީޕީ ވެސް މިހާރު މިއޮތީ ކުރަން ޖެހިފައެވެ. އެމްޑީޕީ އޮތީ ރައީސް ސޯލިހާއެކު ގަދަކޮށެވެ. 

]]>
Wed, 29 Mar 2023 20:46:09 +0500 ހީރަސް
ރައީސް ރިއެކްޓް ކުރެއްވީމާ ހަޖަމެއް ނުވި! https://heerasnews.com/1180 https://heerasnews.com/1180 ކަންކަމުގައި ރައީސް ރިއެކްޓު ނުކޮށްގެން ބަޔަކު ލައްކަ ފޮނުއެރުވިއެވެ. އެމްޑީޕީ އިސްވެ އޮވެ ހިންގާ ވެރިކަމަކަށް ވެގެން އެމްޑީޕީއަށް ނިސްބަތްވެގެން ތިބީތީ ސަރުކާރުން މަތީ މަގާމުތައް ހޯދައިގެން ތިބެ ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެންނަން ބަޔަކު ހުއްޓާނުލާ ދަނީ މަސައްކަތްކުރަމުންނެވެ. އެ ބަޔަކު އެމްޑީޕީގެ ތެރޭގައި ތިބެ ބަގާވަތް ކުރަމުން އަންނަތާ ކިހާދުވަހެއް ހެއްޔެވެ. އެމްޑީޕީ މީހުނަށް ވީތީ އެ މީހުނާ މެދު އިސްލާހީ ފިޔަވަޅެއްވެސް އެޅިގެން ނުވެޔޯލައެވެ. އެމްޑީޕީގެ ސްލޮޓެއްގައި މަގާމު ދީފައި ހުރި މީހަކު މަގާމުން ވަތްކެއްވެސް ނުކުރެވޭނެ ޔޯލައެވެ.

އަޖައިބެއް ނުވާނެ ހެއްޔެވެ. އެމްޑީޕީ މީހުންނަކީ ރައީސް ނަޝީދު ސްލޮޓް ދީގެން މަގާމު ދީފައި ތިބި މީހުން އެކަނިހެއްޔެވެ. އެމްޑީޕީގެ ސްލޮޓްގައި ވަޒީފާ ދިފާއިވާ އެމްޑީޕީ މީހަކު ރައީސަށް ހަރާންކޯރު ވާނަމަ އެމީހަކު ވަކިކޮށް އެމްޑީޕީގެ އެހެން މީހަކަށް ވަޒީފާ ނުދެވެންވީ ކީއްވެ ހެއްޔެވެ. ޕާޓީގެ މަސްލަހަތު ކުރިއަށް ނެރުއްވައިގެން ފިޔަވަޅެއް ނާޅުއްވާ އިސްލާހުވާން ރައީސް އެ މީހުނަށް ފުރުސަތު ދެއްވީ ކިހާވަރަކަށް ހެއްޔެވެ. އެކަމަކު ސަރުކާރުގެ އިސްސަފުގައި ތިބެގެން ސަރުކާރުގެ ވާގި ނައްތާލަން ޝިފާޒުމެން އަމްރުމެން ނުކުރަނީ ކީއްހެއްޔެވެ. އެކަހަލަ އެތައް ބަޔަކު އަދިވެސް އެބަތިއްބެވެ. 

ރައީސުލްޖުމްހޫރިއްޔާއަކީ ހަތަރެސްފައި ބަދެފައި ބަޔަކު ބުނާހާ ގޮތެއް ހަދަން ރައްޔިތުން އިސްކޮށްފައި ހުންނަ މީހެއް ނޫނެވެ. އެމްޑީޕީގެ ނަން ބޭނުންކޮށްގެން ބަޔަކު މީހުން ވަކި މީހަކަށް ވެރިކަން ހޯދާދޭން ރައީސުލްޖުމްހޫރިއްޔާ ގުރުބާން ކުރަން ފުރުސަތު ދޭނެކަމަށް ހީވަނީ ހެއްޔެވެ. 

އެމްޑީޕީއަށް ހިދުމަތްކުރާ މީހަކު ހިދުމަތްކުރާނީ އެމްޑީޕީއަށެވެ. ޕާޓީގެ މެޖޯރިޓީ މަސްލަހަތަށެވެ. ވަކިމީހަކަށް ނޫނެވެ. މިވަގުތު އެމްޑީޕީގެ މެޖޯރިޓީ އޮތީ ރައީސް ސާލިހާއެކުގައެވެ. އެންޑީޕީގެ އާއްމު މެންބަރުންނަކީ އެމްޑީޕީގެ މައިބަދައެވެ. އެމްޑީޕީގެ އާއްމު މެންބަރުންގެ މެޖޯރިޓީ މިއަދު އޮތީ ރައީސް ސާލިހަށެވެ. އެންމެ ފަހުން އޮތް ކޮންގްރެސް އިން އެކަން ސާފުވިއެވެ. ދާއިރާތަކުގެ މެޖޯރިޓީ އޮތީ ރައީސް ސާލިހާ އެކުގައިކަން ގައުމީ މަޖިލީހުގެ މެޖޯރިޓީ އޮތްގޮތުން މާބޮޑަށް ސާފެވެ. ރައްޔިތުންގެ މަޖިލީގެ މެޖޯރީޓީ މެންބަރުންގެ ތާއީދުވެސް އޮތީ ރައީސް ސާލިހާއެކުގައެވެ. އަނެއްކޮޅުން އެންމެ ފަހުން އޮތް އެތެރޭގެ އިންތިހާބުތައް ކާމިޔާބުވެފައިވަނީ ރައީސް ސާލިހާ އެއްކޮޅަށެވެ. މިއަދުގެ އެމްޑީޕީގެ ހަގީގަތަކީ މިއެވެ. 

ހަގީގަތް ގަބޫލު ނުކުރެވިގެން އެތެރޭން ކުރަން އުޅުނު ބަގާވާތް ނާކާމިޔާބުވެ ފާޅުގައި ރައީސް ސާލިހާ ދެކޮޅަށް ނިކުމެ އެހެން ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން އެމްޑީޕީގެ ރައީސާއި ނައިބުރައީސް ނިކުތީމާ އެ ނައިބުރައީސް ގޮވައިގެން ރައީސް ސާލިހު ހުންނަވަން ޖެހޭ ސަބަބެއް ނެތެވެ. އަމްދުން ރައީސް ސާލިހު ދައުލަތް ހިންގެވުމުގައި ސަރުކާރުގެ ސިޔާސަތާ އިދިކޮޅު ބަޔަކު ގޮވައިގެން ދައުލަތް ހިންގަން އުޅޭކަށް ނުޖެހެއެވެ. ވަފާތެރިކަމެއް އިހުލާސްތެރިކަމެއް ނެތް ބަޔަކު އިސްކޮށްފައި ބައިތިއްބައިގެން އިސްލާހުވޭތޯ ލައްކަ މަސައްކަތް ކުރައްވައިފިއެވެ. 

ހަރާން ކޯރުން ވަކިކޮށް ފައްސާ ނަގާލަން ޖެހެއެވެ. ހަށިގަޑުގެ ގުނަނަކުން ކެންސަރުގެ އަލާމާތް ފެނިއްޖެނަމަ ބޭސްކޮށް ކީމޯދީ ހަދައިގެންވެސް ރަގަޅު ނުވުމުން ގުނަން ބުރިކޮށް ލައިގެންވެސް ކެންސަރުން ސަލާމަތް ވާން ޖެހެއެވެ. އެކަމުގައި އަމުރެއް ސިއްޕެއެއް އީވާއެއް ނަޝީދެއް ނުއޮންނާނެއެވެ. އެންމެ ފަހުން ރައީސް ރިއެކްޓް ކުރައްވަން ފެއްޓެވީމާ އެ ބައިގަބޑަށް ހަޖަމެއް ނުވިއެވެ. 

]]>
Wed, 29 Mar 2023 16:28:58 +0500 ހީރަސް
ރައީސް ނަޝީދުގެ ކެބިނެޓް ސެކްރެޓަރީ އެސްޓީއޯގެ އެމްޑީކަމަށް https://heerasnews.com/1179 https://heerasnews.com/1179 އެއީ ޕްރޮފެޝަނަލް ސީކެޕްޓަނެކެވެ. ވާއެއްޗެއް ވަންދެންވެސް ކަނޑުމެދުން ބޯޓު ދޫކޮށްލާ ފުންމާލާ ވައްތަރެއް ނޫނެވެ. އޭގެ އިތުރަށް ސްޓޮކް މާރކެޓްގެ ދާއިރާގެ ތަޖްރިބާ ހުރި ބޭފުޅެކެވެ. 

އެމްޑީޕީ ރަޖިސްޓްރީ ވުމުގެ ކުރިން އޮތް ފުރަތަމަ ވަލީ ކޮމެޓީ ހިނގީ ރައީސް މައުމޫނުގެ އަނިޔާއަށް ބިރުން އިންޓަރނެޓް މެދުވެރި ކޮށެވެ. އޭރުގެ ވަލީ ކޮމެޓީގެ ސެކްރެޓޭރިއޭޓް ބެލެހެއްޓީ އޭނާއެވެ. 

2008 ގައި ރައީސް މައުމޫންގެ ވެރިކަން ނިމި އެމްޑީޕީގެ ވެރިކަން ފެށުނެވެ. ރައީސް ނަޝީދުގެ ކެބިނެޓަކީ ވެރިކަން ބަދަލުވުމުގެ ރުޅިއާ ހަސަދައިގާ އިދިކޮޅުން އެންމެ ހޫނު ހަމަލާ ދިން ކެބިނެޓެވެ. މިހަލަބޮލިކަމުގެ ތެރޭގައި އޭރުގެ ކެބިނެޓާ ސިޔާސީ މަގާމު ތަކުން އަދާ ކުރި ދައުރަށް އެމްޑީޕީ މެމްބަރުން ފަޚްރުވެރި ވާނަމަ އެއީ އޭނާގެ ކުޅަދާނަ ކަމާ ހުނަރުވެރި ކަމެވެ. 

ކޮވިޑްގެ ބަނަ ވިލާތަކުން އުދަރެސް ބެއްދި ފަހުން، މާލޭ ބަނދަރު ބައްދާނެ ދިވެހިންގެ އަމިއްލަ އާގު ބޯޓް ކުންފުނި އުފައްދަވަން ރަައީސް ޞޯލިހް ނިންމެވި އެވެ. އެމްއެސްއެސްއަކީ ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ފަައިދާވާ ކުންފުންޏަކަށް ބަދަލު ވެއްޖެއެވެ.  

އެ ކުންފުނިން އެންމެ ފަހުން ގަނެފައިވާ އާގު ބޯޓް ދަރުމަވަންތަ ހޮސްޕިޓާ ކަައިރީގައި ކޮޅަށް ބަހައްޓައިފި ނަމަ، ހޮސްޕިޓާ އަރާނީ ބޯޓުގެ މޭކަށިގަނޑާ ހަމައަށެވެ.

އަމްރުގެ ފަހުން އެސްޓީއޯގެ އެމްޑީގެ މަގާމަށް އެވަޑައިގަންނަވަނީ މިދެންނެވި ބޭފުޅާއެވެ.  ރަައީސް ނަޝީދުގެ ވަރަށް އަރިސް އެ މަނިކުފާނުގެ ކެބިނެޓް ސެކްރެޓަރީ ކޮށީގޭ ޢަބްދުﷲ ސަޢީދެވެ. އެމްޑީޕީ މީހުން ދަންނަ ކޮއްޓޭއެވެ. ކޮއްޓޭއަކީ ވަރަށް އުޞޫލީ ބޭފުޅެކެވެ. އެމްޑީޕީގެ ވެރިކަމެއް ނަމަ އޭނާ ހުންނާނީ  ރައީސުލްޖުމްހޫރިއްޔާއަށް ވާގިވެރި ވުމުގައެވެ. ނިޔާމަ އަމާން ދަތުރަކަސް ނޫނީ ތޫފާނީ ރާޅުގެ މެދުގައި ވިޔަސް ހުންނަން ޖެހޭ ގޮތުގައެވެ.

]]>
Tue, 28 Mar 2023 19:35:25 +0500 ހީރަސް
އަމިއްލަ ލޮލުން ދުނިޔެ ނުދެކި ބާކީ ނޫވޭ! https://heerasnews.com/1178 https://heerasnews.com/1178 ރަންކޮޅާއެވެ. ބާކީނުވާށެވެ. ތިބާގެ ދުނިޔެ ތިބާގެ ލޮލުން ދެކޭށެވެ. މީހެއްގެ ލޮލުން ތިބާގެ ދުނިޔެ ނުބަލާށެވެ. ތިބާ އަހަނީ މީހަކު އިއްވި އަޑެއް ނޫނެވެ. ތިބާ ބުނަންވާނީ ތިމާގެ ބަހެވެ. 

މީހަކު ދެއްކިއެއްޗެއް ބަލާ މީހަކަށް ފެންނާނީ މީހަކު ދެއްކި އެއްޗެއް ދެއްކި ގޮތަކަށް ދެއްކިވަރަކަށެވެ. މީހަކު ބުނާ އެއްޗެއް ބުނާމީހަކު އަބަދުވެސް ބުނަންޖެހޭނީ މީހަކު ބުނިއެއްޗެއް ބުނި ގޮތަކަށެވެ. މީހަކު އިއްވި އެއްޗެއް ނޫނީ ނާހާ މީހަކަށް އިވޭނީ އިއްވާ މީހާ އިއްވި އެއްޗެއް އިއްވިގޮތަކަށެވެ. 

އިންސާނާ އަކީ އަމިއްލަ އަމީރެކެވެ. ތިބާގެ ނަފްސްގެ މައްޗަށް ބަރު ފޯރުވާނީ ތިމާއެވެ. ތިބާގެ ވަށައިގެން މައްޗާއި ތިރިއާއި ކުރިމައްޗާއި ފަހަތާއި އަރިމަތި އޮތްކަން ތިބާ ދަންނަން ޖެހެއެވެ. ކަންކަމުގައި ފައިގެ ބޮޑުވާ އިނގިލި ކުރިއަށް ވުރެ ދުރު އޮތްކަން އެގެން ޖެހެއެވެ. ތިޔަ ޖިސްމުގެ ވަށައިގެން ތިޔަ ކަހަލަ ނޫނަސް އެތައް ޖިސްމަކާ ދިރުމެއް އޮތްކަން ތިބާއަށް އެގެންވާނެއެވެ. 

ވަށައިގެން ހިނގާހާ ކަމެއް ހިނގާނީ ތިބާ އެދޭ ގޮތް ގޮތަކަށް ނޫނެވެ. ހޮދު ތިމާގެ އަމިއްލަ ނަފްސްގައި ވެސް ތިމާއަށް ބާރު ނުފޯރުވޭ އެތައް ކަމެއް ހިނގަހިނގާ ހުރޭ ނޫން ހެއްޔެވެ. އެހެން ކަމަށް ވާއިރު ވަށައިގެން ހިނގަހާ ކަމަކީ ތިބާ ބޭނުންހާ ގޮތަކަށް ހިނގާނެ ކަންކަމެއް ނޫނެވެ. 

ކަންކަން ތަރުތީބުވެ ހިގާ ގުދުރަތީ އަދާލަތުން ބޭރަށް ތިބާއަށް ނުދެވޭނެކަން ފުރަތަމަ ތިބާ ދަތުން ބޭނުމެވެ. ވަކި އެކަކު އެކަނި ބޭނުންވާހާ ގޮތަކަށް ތިބީންގެ ހުރިހާ ކަމެއް އޮބަހައްޓަން އުޅުނަސް އެކަމެއް ނުހިނގާނެއެވެ. ބައެއްފަހަރު ބައެއް މީހުންނާއި ބައެއް ފަހަރު އެންމެން މޮޔަ ހެއްދުނަސް އެންމެނަކު އަބަދަކު އެކަކަށްވެސް މޮޔައެއް ނުހެއްދޭނެއެވެ. 

ރާއްޖޭގެ ސިޔާސީވެށިން އެކަނިވެސް އެހުރީ އެކަންކަން ދިމާލަށް ފެންނާށެވެ. ދިގު ތިރީސް އަހަރުގެ މައުމޫނިޒަމް އެފުށް މިފުށަށް ޖެހިގެން ދިޔައިރުވެސް މައުމޫނަކީ އެނޫން މިހަކު ނެތްކަމަށް ބަޔަކު މީހުން ދުށް މީހެކެވެ. އޭރު ގިނަ ބަޔަކު އެމީހުންގެ ދުނިޔެ ބެލީ މައުމޫނުގެ ލޮލުންނެވެ. އެކަމަކު މިއަދަކީ އެދުވަހެއް ނޫނެވެ. ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ލޮލުން ދުނިޔެ ދެކޭ މީހުން މިއަދު ލައްކަ ގިނައެވެ. އެހެނަސް އެހަގީގަތްވެސް ބަދަލުވަމުން ދާލެއް ލަހެއް ނޫނެވެ. 

ތިބާގެ ވަށައިގެން އެންމެ ކައިރިން ފެށިގެން މި އޮތް ބޮޑު ކާއިނާތުގައި ހިނގާހާ ކަންކަމަށް އަމިއްލަ ސިކުނޑިން ވިސްނާލުމުން ތިމާ ފަދަ އަނެއް އިންސާނާއަށް ތިބާ އަޅުވެތި ވެވޭ ވަރު އިހުސާސް ކޮށްލެވޭނެއެވެ. އަމިއްލަ ލޮލުން ތިމާގެ ދުނިޔެ ނުދެކޭ މިންވަރު އިހުސާސް ކުރެވޭނެއެވެ. މީހަކު ދެއްކި އެއްޗެއް ދެއްކި ވަރަކަށް ބަލައިގެން އުޅެވޭ ވަރު ވަޒަން ކޮށްލެވޭނެއެވެ. ތިމާއަށް ދުނިޔެ ދައްކާ މީހާގެ މަވެތިކަމާއި އަޅުވެތި ކުރުވުމުގެ ބޮޑުކަން ވަޒަން ކޮށްލެވޭނެއެވެ. އެއްވާހަކަ ދެފަހަރު ދެގޮތަށް ދައްކާ ވަސްވާސް ތަކުގައި ތިމާ ބަނދެލެވިފައި ވާވަރު އިހުސާސް ވާނެއެވެ.

އެކަކު އަނެކަކު ދެކެ ވާލޯތްބާއި ކުރާ އިހުތިރާމާއި ކިޔަމަންތެރި ކަމަކީ އަޅުވެތި ކުރުވުމުގެ އީމާނަށް ވެވިފައިވާކަން ގަބޫލު ކުރެވެނީ ތިމާއާއި ހަމައަށް އެކަންކަމުގެ ނުސިޔާނު އަސަރެއް ފޯރީމައެވެ. ލޮލުމައްޗަށް ވެއްޓިފައިވާ ފަރުދާ ކަޝްފުވެ ދުނިޔެ ދެއްކި މީހާގެ އަސްލު ސިފަ ފާޅުވާއިރު ތިބާއަށް ތިބާގެ ދުނިޔެ ނުލިބޭ ވަރަށް އޮންނަނީ ފަސްވެ ލަސްވެފައެވެ. އަމިއްލަ ލޮލުން އަމިއްލަ ދުނިޔެ ނުބެލުނު ކަމުގެ އުގޫބާތުގައި ބަނދެވި ނުނެއްޓެވޭ ވަރުވެފައެވެ.  

]]>
Mon, 27 Mar 2023 21:08:01 +0500 ހީރަސް
ގާސިމް ކައިރި އަށް އަންނި! https://heerasnews.com/1177 https://heerasnews.com/1177 މިހެން މިބުނަނީ ހަމަ ހުރެފައި އެއްޗެއް ބުނާކަށް ނޫނެވެ. ގާސިމަށް އަބަދުވެސް އެންމެ އިތުބާރު ކުޑަ ސިޔާސީ ލީޑަރަކީ އަންނިއެވެ. ގާސިމް ދެކޭ ގޮތުގައި އަންނި ކައިރިން އެއް މޮޅު ލިބުނިއްޔާ ހަތަރު ކެހި އޮތީ ލިބިފައެވެ. އެންމެ ފަހުން ފެބްރުވަރީ 7 ގައި އަންނިއަށް ދިން އެންމެ ބޮޑު ލަގާގެ ފަހަތުގައި ގާސިމް ހުރީ ސިއްރަކުން ނޫނެވެ. 

އަންނިއާ ގާސިމްގެ މިއޮތް ސިޔާސީ އަދާވާތް ތެރިކަން އެންމެ ގާތުން އެނގޭނެ އެކަކީ އިބޫއެވެ. ކިތަންމެ ހެވިފައި ތިއްބަސް ފަސް އެނބުރޭ އިރު ދެ މީހުން ދެ މީހުންނަށް ތިބޭނެ ގޮތް އިބޫ އަކަށް ނޯޅޭނެއެވެ.

އެމްޑީޕީ މީހުން ކޮޅެއް ގޮވައިގެން ގާސިމް ކައިރިއަށް އަންނި ހިނގައްެޖެ ނަމަ އިތުރުވާ އެކަކަށް ގާސިމާ ފެއަށް 3 މީހުން ދާނެއެވެ. އަންނި ކިތަންމެ ވަރަކަށް އުޅުނަސް ޕީޕީއެމްގެ އަރަކުން އެނަމެއް ނުދިރޭނެއެވެ. ގާސިމް ކައިރިން ދުރަށްދާ މީހުން ދާން އޮންނާނީ ދެ ތަނެކެވެ. އެހެންޏާ އެމްޑީޕީ ނޫނީ ޕީޕީއެމްއެވެ. އޭރުން އެވާގޮތަކީ އިންތިޚާބުގެ ނަތީޖާގައި އެއްވަނަ ނުވަތަ ދެވަނައިގާ އޮންނާނީ އެތަނުން އެއްޕާރޓީއެވެ. އާދައިގެ މަތިން ޖުމްހޫރީ އެވެއްޓުނީ 3 އަށެވެ.

ސަންސިޔާމަކީ ގާސިމަށްވުރެ ކޮޓަރި ގިނަ ފަތުރުވެރި މަހުޖަނެވެ. ރިސޯރޓް މަހުޖަނުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ގޮސް ތިބޭ އިރު އެ ބޮޑު ގޮނޑީގައި އިންނަވާ ތަން އެމީހުން ދެކެން ބޭނުންވާނީ ގާސިމްތޯ ނުވަތަ އިބޫތޯ ހިތާ ހިތުން ސުވާލު ކޮށްލުން ރަނގަޅުވާނެއެވެ.  

އަންނިއާ ހުރެ ގާސިމްގެ ވޯޓު ތުނިކޮށްލުމަށް ފަހު، ލިބިއޮތް ހުރިހާ ފުރްޞަތެއްގެ ބޭނުން ހިފާ 50 އިންސައްތަ ވޯޓް ހުރަސްކޮށް އެއްބުރުން އިންތިޚާބް ނެގާނެ ފުރްޞަތު އިބޫއަށް އެންމެ ބޮޑު ގޮތަށް ކަންކަން ވަމުންދާތަން އެބަ ފެނެއެވެ.

އިބޫގެ ދެވަަނަ ދައުރުގައި ވެސް އަންނި އާއި ގާސިމަށް ބިރެއްނެތި ސިޔާސީ ކަންކަމުގައި އުޅެވޭނެކަން އެ ދެމީހުން ވެސް ގަބޫލު ކުރާނެއެވެ.

އެލަކުން މިލަކުން ގޮސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞޯލިޙްގެ ރިޔާސީ ދެވަނަ ދައުރުގެ ތާރީޚީ ހުވާ ކުރުމުގެ ރަސްމިއްޔާތުގެ އެންމެ ކުރީސަފުގައި ރައީސް ނަޝީދާއި އޮނަރަބްލް ގާސިމް އިބްރާހިމް ފިސާރި ހައިބަ ބޮޑުކަންމަތީ ތިއްބަވާނެއެވެ.

ސަބަބަކީ ބަރުލަމާނީ ކޮއްތު ދަރާ ބޯފެން ލައިގެން އެ އޮޑި ރާއްޖޭގެ އަރިހުރަހަށް ދުއްވާނެ ނިޔާމަ ދަތުރު ރައީސް ނަޝީދަށް ވެސް ފަހިވީއެވެ.

އާދައިގެ ބަހުން މުޚާތަބް ކުރަމުން ދިޔަ މިލިއުން ނިންމާ މިލީ މާތް ބަހުން މުޚާތަބް ކުރަމުންނެވެ.

]]>
Mon, 27 Mar 2023 16:27:44 +0500 ހީރަސް
އަމްރުވެސް އަންނިގެ ޝިކާރަ އަކަށް! https://heerasnews.com/1176 https://heerasnews.com/1176 އެމްޑީޕީގައި ސިޔާސީ ގޮތުން ތިމާ އަށްވުރެ އުޖާލާ ފަހި ކުރިމަގެއް ލިބިދާނެ ޒުވާނަކު ހުރިއްޔާ ކައިރިކޮށް ފިރުމަމުން ގެންގޮސް އެމީހާ ޗާޓުން ބޭރުކޮށްލުމަކީ އަންނިގެ އާދައެވެ. ޗެއަރޕާސަން އިންތިޚާބުގައި ޕާޓީ ބައިބައި ވެދާނެތީ އިންތި ހުރީ އެކަން ކުރާކަށް ނޫނެވެ. އަންނި ނަޞޭޙަތް ދިން ދިނީނުން އިންތި ނެރެ ބަލި ކޮށްލާ އަލުން އަތުނުވާ ހިސާބަށް އިންތި އެހުރީ ބޭކާރު، ބާކީ ބަލިމާނަކަށް ހަދާފައެވެ. ދެން ފެންނާން ހުރި އެކަކީ ހުސެން އަމްރެވެ.  އަމްރަށް އަންނި ހަދަމުންދާ ގޮތް މިހިރަ ދަނީ ފެންނަމުންނެވެ. އެއީ ތިމާއަށް ވެރިކަން ނުލިބުނު ތަނުގައި އެމްޑީޕީ އާއި އެމްޑީޕީ ސަރުކާރާއި ޕާޓީގެ ކުރިމަގު ފުނޑާލަން ހީލަތްތެރި ކަމާއެކު އަންނި ހިންގާ ކަންކަމެވެ. 

އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި ހުސެން އަމްރަކީ އެމްޑީޕީ އުފެއްދި ގާބިލް ޒުވާނެކެވެ. ގދ ތިނަދޫ އާއި މާލެއަށް މައިފުނަ ނިސްބަތް ވުމަކުން ހެދި ހުރި ޝަޚްޞިއްޔަތެކެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފަހު ވަގުތު ރައީސް ޞޯލިޙް ދޫކުރައްވާ އަމްރު ނެންގެވީ ރައީސް ނަޝީދުގެ ފަޅިއެވެ. އެތެރޭގެ ޕްރައިމަރީގައި އެ ޕާރޓީގެ މެމްބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމަކީ އެމްޑީޕީގައި އޮންނަ އުޞޫލެވެ. އޭގެ ފަހަތުން ދެން އޮންނަ އުޞޫލަކީ ޕްރައިމަރީގައި މޮޅުވާ ކެންޑިޑޭޓްގެ ފަހަތަށް ބަލިވާ ކެންޑިޑޭޓާއި ޓީމް އެރުމެވެ.

އައު ކަމަކަށްވީ ރައީސް ނަޝީދު ޕްރައިމަރީގައި ބަލިވުމުން އެ މަނިކުފާނަށް އެކަން ހަަޖަމު ނުވުމެވެ. އެއާއެކު އެ މަނިކުފާނުގެ ފަހަތުގައި ތިއްބެވި ބައެއް ބޭފުޅުން ގޮވައިގެން ނުކުންނަވާ އެމްޑީޕީ ފޮތިކޮށް ސަރުކާރު ބަލި ކޮށްލުމަށް ހަނގުރާމަ އިއުލާން ކުރައްވައިގެން އުޅުއްވާ އުޅުއްވުމެވެ. ފިކުރެއްގެ ދިރުމޭ ކިޔާ ފެއްޓެވި މި ހަރަކާތަށް ތާއީދު ލިބުނީ ހިހޫ ގޮތަކަށެވެ. އެމްޑީޕީގެ އުޞޫލް ތަކަށް ރުހިގެން ރައީސް ނަޝީދަށް ތާއީދު ކުރި ގިނަ ބަޔަަކަށް މިކަން ކަމަކު ނުދިޔައެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ދެއްކެވި ކޮންމެ މަގެއް އެއީ ތެދު މަގުކަމަށް ބަލާ އެގޮތަށް އީމާން ވެގެން ތިބި މަދު ބަޔަކަށް ވީ އެހެން ގޮތެވެ. އެމީހުން ދުނިޔެ ދެކެނީ ރައީސް ނަޟީދުގެ ލޮލުންނެވެ. އަޑު އަހާ ބަސް ބުނެ ހިނގަނީ އަމިއްލަ ހިއްސުތައް ދޫކޮށް ރައީސް ނަޝީދުގެ ހިއްސު ތަކުންނެވެ. އަމިއްލައަށް ފެންނަ ތަނެއް، އިވޭ އަޑެއް، ކުރެވޭ ބުއްދިއެއް ނެތެވެ. އިއްޔެއާ ދިމާ އިދިކޮޅަށް ރައީސް ނަޝީދު ހުންނެވިޔަސް އެއީ ހަމަ އެންމެ ރަނގަޅު ގޮތެވެ. ކަނު ބީރު މަންމަން މީހުންނަށް މީހުން ވަނީ ވަކި ދަފްތަރެއްގައި ނަން އޮތުމަކުން ނޫނެވެ.

ހުސެން އަމްރު މުޙަންމަދު ރަޝާދަކީ ޕްރައިމަރީން ރައީސް ނަޝީދު ބަލިވިތަން ނުފެނުނު އެކަކެވެ. ދައުަލަތުގެ އެންމެ ބޮޑު ކުންފުންޏާ ހަވާލުވެ ހުންނަވާ ކުރައްވަން ފެއްޓެވި ކަމަކީ ދައުލަތުގެ ވެރިޔާ ސިޔާސީ ގޮތުން ބަލި ކޮށްލުމުގެ މަސައްކަތެވެ. އެމްޑީޕީ އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދޫކޮށް ރައީސް ނަޝީދު ވިދާޅު ވިޔަތީ ގާސިމާ މަޝްވަރާތައް ފެއްޓެވީ އަންނަ އިންތިޚާބްގައި އެމްޑީޕީ ބަލި ކުރުމަށެވެ.

ގާސިމަކީ އެންދެރިމާގޭގެ އުފެއްދުމެކެވެ. އަމްރުގެ ބައްޕަ ރަޝާދަކީ އެންދެރިމާގޭ އިލްޔާސް އިބްރާހީމާ ގާތް ގުޅުންތަކެއް އޮވެގެން ވިޔަފާރީގެ ތެރެއަށް ނުކުންނެވި ބޭފުޅެއް ކަމަށް ވެއެވެ. މައުމޫނު އެ ހުންނެވީ ހުރިހާ ހޮރަކަށް ފައިދީގެން އިން ބޯވައެއް ހެންނެވެ. ކޮންމެ ދިމާ އަކަށް މޮޅެއް ވިޔަސް މައުމޫނަށް މޮޅުވާ ގޮތް ހަދައިގެން ކަމަށެވެ. އަމްދުން ގާސިމާ އެކު އެންދެރިމާގެ ފަޅިއަށް ވެރިކަން އަތުވެއްެޖެ ނަމަ މޮޅުގައި މޮޅު އެޅީއެވެ.

ސުވާލަކީ ގާސިމްގެ ރަނިންމޭޓަކީ މައުމޫންގެ ފާރިސް ހެއްޔެވެ؟ ނޫނީ ތިނަދޫ ރަޝާދުގެ ހުސެން އަމްރު ހެއްޔެވެ؟ މިއިން ކޮންމެ މީހެއް ވިޔަސް އެ މީހާ ގާތީ އެންދެރިމާގެ އާއެވެ. އެމްޑީޕީއަކާ ނޫނެވެ.

]]>
Sun, 26 Mar 2023 21:44:16 +0500 ހީރަސް
އަންނި ދެކެބިރުން ފިރުޝާންގެ ޝުކުރު އާޒިމަށް https://heerasnews.com/1175 https://heerasnews.com/1175 މެންބަރު ފިރުޝާން ހަމަ ހެއްޔެވެ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭ ގުޅާލުމުގެ އަމަލީ މަސައްކަތް މިސަރުކާރުން ކުރާތަން ފެނި ސޮނިވެއްޓެނީ ދޮގެއްތޯއެވެ. ދާއިރާގެ މެންބަރު ފިކުރު ދިރުވަން ރައީސް ނަޝީދުގެ ފޫބުޑުގައި ވަސްބަލަން ހުއްޓަސް ރައީސް ސާލިހު ރައްޔިތުންނަށް ދެއްވާ ހިދުމަތަކަށް ބަދަލެއް ނުގެންނަވައެވެ. ދައިރާ ރައްޔިތުންނަށް ކާކު ކުރަނީ ކީއްކަން އެނގެއެވެ. މެންބަރު ވާނުވާގައި ހުއްޓާ ދާއިރާ ތަރައްގީވެ ކުރިއަރަމުން އޮވެ އެ ދަނީއެވެ. 

ދާއިރާގެ މެންބަރަކީ ރައްޔިތުންނައިގެން އުޅޭ މީހެއްނޫންކަން ރައްޔިތުން ދަނެއެވެ. މެންބަރުގެ މަސައްކަތަކީ ދާއިރާއަށް މި ސަރުކާރުން ގެނެސްދޭ ތަރައްގީ ހުއްޓުވުންކަން ރައްޔިތުންނަށް އެނގެއެވެ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭއަކުން ގުޅާލުމުގައި ބްރިޖުގެ ފައުންޑޭޝަން ޕައިލް ޖެހުމުގެ މަސައްކަތް އެ ކުރުވަނީ ރައީސް ސާލިހު ސަރުކާރުންނެވެ. ފިކުރުގެ ދިރުމަކުން ނޫނެވެ. އާދަމް އާޒިމް އިސްވެ ހުންނަވާ އެމްޓީސީސީ އެ ކުރަނީ ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތުގެ ދަށުން ކުރެވޭ މަސައްކަތެވެ. 

އާދަމް އާޒިމް ހޯއްދަވާ ދެއްވަމުން އެގެންދަވަނީ ރައީސް ސާލިހުގެ ސަރުކާރަށް ހޯއްދަވާ ދެއްވާ ރައްޔިތުންގެ އިތުބާރާ ލޯތްބެވެ. ފިރުޝާންގެ ސިނކުޑީގައި އަށަގެންފައިވާ ފިތުނަޔާއި ހަސަދަ ވެރިކަމުން ރައީސް ސާލިހުގެ ސަރުކާރަށް ފިރުޝާން އައްސަރިބަހާއި ސާބަސް ނުދިނަސް މަޑަވެލި - ހޯޑެއްދޫ ރައްޔިތުން އެތިބީ ޝުކުރުން ފުރިފައެވެ. ރައީސް ސާލިހުގެ ސަރުކާރަށް ހިފެހެއްޓުމެއް ނެތް ތާއިދާ ސާބަސް ރައްދު ކޮށްކޮށެވެ. 

ދާއިރާ ތަރައްގީ ކުރުމަށް މެންބަރުގެ ހައިސިއްޔަތުން ފިރުޝާން ކުރާކަމެއް ނެތްކަން ރައްޔިތުންނަށް އެނގެއެވެ. ރައްޔިތުންގެ ލާބަޔާ މަންފާއަށް ލިބެން ހުރި އެތައް ފުރުސަތެއް ފިރުޝާން ހުރަސް އަޅައިގެން ނުލިބި ލަސްވެފައި ވާކަން ދާއިރާގެ ރައްޔިތުންނަށް އެނގެއެވެ. ފިކުރު ދިރުވައިގެން ފިރުޝާންމެން ގެންނަން ތިޔަ އުޅޭ ފިކުރެއް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. 

ކަށީގެ މަދުގައި ހިފައިފާވާ ފިތުނަވެރި ކަމުގެ ސަބަބުންނާއި އަންނި ދެކެ ބިރުން ދާއިރާގެ ރައްޔިތުންގެ ލާބައަށް ސަރުކާރުން ކޮށްދެމުން ގެންދާ އަގުބޮޑު ހިދުމަތަށް ސަރުކާރަށް ޝުކުރުވެރި ވުމުގެ ބަދަލުގައި ސާބަހާ ޝުކުރު އަދާކުރަން އެނގުނީ މަސައްކަތުގެ ކޮންޓްރެކްޓަރަށެވެ. އާދަމް އާޒިމް ހީވަގި ކަމާއެކު އެ ކުރައްވަނީ ކީއްކަން ފިރުޝާނަށް އޮޅުނަސް ރައްޔިތުންނާއި ސަރުކާރާއި އާދަމް އާޒިމަކަށް އޮޅިގެން ނޫޅެއެވެ.

]]>
Sun, 26 Mar 2023 20:46:42 +0500 ހީރަސް
އެމްޑީޕީގެ ކެންސަރ: ފިކުރެއްގެ ދިރުން https://heerasnews.com/1174 https://heerasnews.com/1174 އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުރެ އެމްޑީޕީގެ ތެރޭގައި ހިންގާ އިދިކޮޅު ހަރަކާތް "ފިކުރެއްގެ ދިރުން" ކެންސަރެއް ގޮތުގައި އެމްޑީޕީ އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅެއް ކަމުގައިވާ އިބްރާހީމް ޝަރީފު ( މަވޯޓާ ޝަރީފް) ސިފަކުރައްވައިފިއެވެ. މަރަދޫ ދާއިރާގެ މެންބަރު ވިދާޅުވާ ގޮތުގައި ފިކުރެއްގެ ދިރުމަކީ ޝިފާއެއް ނެތް ކެންސަރެކެވެ.  

ނިމިގެން ދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ނާކާމިޔާބު ވުމުން އޭގެ ބަދަލުހިފަން ނަޝީދު ބޭނުން ކުރާ ހަތިޔާރަކީ ފިކުރެއްގެ ދިރުން ކަމަށް އޭނާ ވިދާޅުވެއެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ޕާޓީއެއްގެ ތެރޭގައި ފެކްޝަން ހަދައިގެން އެ ޕާޓީ ހަލާކުކޮށްލަން އުޅޭތަން ފެނޭތޯވެސް ޝަރީފްސުވާލު އުފައްދަވައެވެ. 

ފިކުރެއްގެ ދިރުމަކީ އެމްޑީޕީ ވުޖޫދުން ފުހެލަން މަސައްކަތް ކުރާ ބައެއް ކަމަށާއި އެއީ އެމްޑީޕީއަށް ޖެހިފައި އޮތް ކެންސަރެއް ކަމަށް ގަބޫލު ކުރެވޭހާވެއެވެ. އިބްރާހީމް ޝަރީފް ވިދާޅުވަނީ އެމްޑީޕީގެ ތެރޭގައި އުފެދިގެން އުޅޭ ފިކުރެއްގެ ދިރުން އެއީ ފެކްޝަނެއް ކަމުގައި ބަޔަކު ކިޔަސް އެއީ އެއްގޮތަކަށް ވެސް ޕާޓީތަކުގެ ތެރޭގައި އުފެދޭ ފެކްޝަންތަކާ މުޅިން ހިލާފަށް ހިންގާ ހަރަކާތެއް ކަމަށެވެ. "އެއީ އަސްލު ފެކްޝަނެއް ނޫން. ފިކުރެއްގެ ދިރުން މަސައްކަތް ކުރަނީ ޕާޓީ ބައި ބައިކޮށް ރޫޅާލަން" ޝަރީފް ވިދާޅުވިއެވެ.

50 ހާސް މީހުން ހަމަވެފައި ވާކަމަށް އަޑު ފަތުރާ ފިކުރެއްގެ ދިރުމުން އަންނަ ރިޔާސީ އިންތިހާބުގައި އެއްބާރުލުން ދެނީ ފަނަރަ ހާސް ހަމަނުވާ ޖުމްހޫރީ ޕާޓީއަށް ކަމަށްވެއެވެ. އަމިއްލަ ޕާޓީއަށް ބަގަވާތްކޮށް ޕާޓީން ވެރިކަން ގެއްލުވާލުމަށްޓަކާ ޖުމްހޫރީ ކޯލިޝަންގެ ރަނިން މޭޓަކަށް ފިކުރުގެ ދިރުން ވާން މެނިފެސްޓޯ ހެދުމައިގެން އުޅޭކަމަށް ވެއެވެ. ވެރިކަމައިގެން ހޭކުޑާވެގެން އުޅޭ ފިކުރެއްގެ ދިރުމުގައި ބައިލައްކަ މީހުން ތިބިނަމަ ފަނަރަހާސް ހަމަނުވާ ޖުމްހޫރީ ގައިދަށުވެގެން އުޅޭވަރަށް ވުރެ މަވެތިކަމާ ކިބުރުވެރިކަމާ ވެރިކަމުގެ ދަހިވެތިކަން ނަޝީދުގެ މާބޮޑުވާނެއެވެ. 

ފިކުރެއްގެ ދިރުމަކީ އަޑެކެވެ. ހަމަ ހެޔޮވަރުގެ ޖަމަލު ފޮޑިއެކެވެ. ކަމަކީ މީޑިއާގައި ސުރުހީ ހެދުމެވެ. އަމަލީ މަސައްކަތުގައި އުޅޭ މީހުނަށްވުރެ ގިނައީ ސޯޝަލް މީޑިއާ ބޮޓުންނެވެ. ފިކުރެއްގެ ދިރުމަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ކެންސަރެކެވެ. ކެންސަރު ޖެހޭނީ މުލުން ލުހެލާށެވެ. 

]]>
Sun, 26 Mar 2023 18:04:58 +0500 ހީރަސް
ކާލިގަނޑު ކޮށާ މީދާ މަރާލުން https://heerasnews.com/1173 https://heerasnews.com/1173
  • ރައީސް ގެ ސިޔާސަތަށް ތާއީދު ނުކުރާ ސިޔާސީ މަގާމުތަކުގައި ތިބި އެންމެން ވަކިކުރަންޖެހޭ
  • ރައްޔިތުންގެ އަސާސީ ކަންކަން ކަށަވަރު ކޮށްދިނުމަށް ހަވާލުވެ ހުރި މީހަކު ރައީސާ ދެކޮޅަށް ފާޅުގައި އުޅެން ފެށުމުން ވަކިކުރަންޖެހޭ 
  • އަސާސީ ހައްގު އަދާކުރުމުގެ ޒިންމާ ބޮޑު ކުންފުންޏެއްގައި ރައީސްގެ ސިޔާސަތާ ދެކޮޅު މީހަކު ހުރެ ކޮންމެ ގެއްލުމެއްވެސް ދީފާނެ 
  • އެއްވެސް ސަރުކާރެއްގެ ސިޔާސަތަށް ތާއީދު ނުކުރާ މީހަކު ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރާ އެއްވެސް މަގާމެއްގައި ހުރެގެންނުވާނެއެވެ. އެފަދަ މީހަކު ހުރިނަމަ ވަކިވެސް ކުރަން ޖެހެއެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅު މީހަކު ތަންފީޒީ މަގާމަކުން ދުރު ކުރުމަކީ ވަޒީފާގެ ބިރު ދެއްކުމެއް ނޫނެވެ. އެކަމަކީ ކާލިގަނޑު ކޮށާ މީދާ މަރާލުން ކަހަލަ ކަމެކެވެ. 

    އެސްޓީއޯ އަކީ ރާއްޖޭގެ ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފަދަ ޒަރޫރީ އަސާސީ ބާވަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޒިންމާދާރު މަސައްކަތްކުރާ ދައުލަތުގެ ކުންފުންޏެވެ. ރައްޔިތުން ކާބޯތަކެއްޗާއި ބޭހާ ތެލަށް ޖެހުނަ ނުދީ ރައްކާތެރި ކަމާއެކު ފޯރުކޮށް ދިނުމަކީ އެސްޓީއޯގެ އިހުތިސާސްގެ ބައެކެވެ.

    ރައްޔިތުންނަށް ހައްގުތައް ކަށަވަރު ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެކެވެ. ރައްޔިތުންގެ ހައްގު އަދާކުރުމުގެ ޒިންމާ މަތިކޮށް ޒިންމާދާރު މަގާމު ތަކަށް ރައީސް އައްޔަނުކުރާ ކޮންމެ މީހަކީ ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ކުރާ ރައީސްގެ ސިޔާސަތު ތަކަށް ތާއީދުކުރާ ސިޔާސަތުތައް ދަމަހައްޓާ ނަގަހައްޓާ މީހަކަށް ވާންޖެހެއެވެ. އެ މީހަކީ ރައީސްގެ އިތުބާރު ލިބިފައިވާ މީހަކަށް ވެސް ވާންޖެހެއެވެ. 

    އެސްޓީއޯ ފަދަ އަސާސީ ހައްގު އަދާކުރުމުގެ ޒިންމާ ބޮޑު ކުންފުންޏެއްގައި ރައީސްގެ ސިޔާސަތު ފާޅުގައި ގަބޫލު ނުކުރާ މީހަކު ހުރުމަކީ ދައުލަތާއި ސަރުކާރާއި ކުންފުންޏަށް ރައްކާތެރި ކަމަކަށް ނުވާނެއެވެ. ސަރުކާރަށް ރުހުމާ ތާއީދު އިތުރު ވިޔަ ނުދިނުމަށް ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވެން ހުންނަ ކިތަންމެ ކަމެއް ނުކޮށް އުދަގޫހާ ގޮތް ގޮތަށް އެފަދަ މީހުން ކަންކަން ތަރުތީބު ނުކުރުމަށްވުރެ ކުރުން ކައިރިއެވެ.   

    ރައިސް އިތުބާރު ކުރައްވާ ދައުލަތުގެ ޒިންމާދާރު މަގާމެއް ހަވާލުކޮށްފައި ހުންނަ މީހަކު ރައީސްގެ ސިޔާސަތުތަކާ ފާޅުގައި ދެކޮޅުހަދާ ރައީސް ނޫން އެހެން ގޮތެއް ހޯދަން ނިކުތުމުން އެމީހަކަށް ޒިންމާދާރު މަގާމެއްގައި ބަހައްޓައިގެން ނުވާނެއެވެ. ކޮންމެ ފަދަ ދަނޑިވަޅެއްގައި ކޮންމެ ފަދަ ކަމެއްވެސް އެ މީހެއްގެ މަގާމު ބޭނުންކޮށްގެން ކޮށްފާނެއެވެ. 

    އަމްދުން ރައްޔިތުންގެ އަސާސީ ކަންކަން ކަށަވަރު ކޮށްދިނުމަށް ހަވާލުވެހުރި މީހާ ރައީސާ ދެކޮޅަށް ތެދުވެ ފާޅުގައި އުޅެން ފެށުމުން އެ މީހެއްގެ ފުށުން ވެދާނެ ރަނގަޅެއް އޮވެދާނެ ކަމަށް ސަލާމަތް ބުއްދި ގަބޫލެއް ނުކުރާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާގާބިލުކަން ދައްކާ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ނަފްރަތު އުފެއްދުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ކަމުގައި އަމްރު ހުރެ ކާޑާއި ބޭހާއި ތެލާ ނުކުޅޭނެ ކަމަށް ގަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ. 

    ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރުމާ ހަވާލުވެހުރެ ސަރުކާރާ ދެކޮޅުވެރި ވުމަށްވުރެ އަމްރަށް ވެސް ފަސޭހަ ވާނީ މަގާމުން ވަކިވެގެން ހުރެ ސަރުކާރާ ދެކޮޅުވުމެވެ. 

    ]]>
    Sun, 26 Mar 2023 16:35:52 +0500 ހީރަސް
    ހީރަސް ރެސިޕީ: ކްރަމްޕީ ކުކީސް https://heerasnews.com/1172 https://heerasnews.com/1172 ރޯދަމަހަށް ހާއްސަކޮށްގެން ގެނެސްދޭ ހީރަސް ރެސިޕީ އަޖުމަ ބައްލަވާ ލައްވާށެވެ. ފުރަތަމަ ގެނެސް މިދެނީ ކްރަމްޕީ ކުކީސް ރެސިޕީއެވެ. ކުކީ ގިނަ މީހުނަށް މީރު ވަނީ އެތެރެ މަޑުކޮށް އަދި ކުޑަކޮށް ތެތްކޮށް ހުރީމައެވެ. މިފަހަރު ތައްޔާރު ކޮށްލާނީ އެ ކަހަލަ ކުކީސް ތަކެކެވެ. ކުކީތައް ތައްޔާރު ކުރަން ބޭނުން ވަނީ ވަރަށް މަދު އެއްޗެކެވެ. އެހާމެ ކުޑަ ވަގުތު ކޮޅެކެވެ.

    ކުކީތައް ތައްޔާރު ކުރާނީ ޗޮކްލެޓް ސްޕްރެޑެއް ކަމުގައިވާ ކްރަމްޕީންނެވެ. އަޑުއޯ އާއި ހޭޒަލްނަޓް އަދި ޑާކް ޗޮކްލެޓް ވެސް ކަރަމްޕީ ކުކީސް ތައްޔާރު ކުރުމަށް ބޭނުން ކުރެވިދާނެއެވެ. މި ފަހަރު ޑާކް ޗޮކްލެޓްގައި ކުކީސް ތައްޔަރު ކޮށްލަމާ ހެއްޔެވެ. ގެނެސްދެވޭ ވަޒަން ހަމަ ރެސިޕީން ތައްޔާރު ކުރެވޭނީ 08 (އަށެއް) ކޫކީއެވެ.

     ބޭނުންވާ ތަކެތި: 

    • ¾ ޖޯޑު ކްރަމްޕީ ޑާކް ޗޮކްލެޓް ސްޕްރެޑް
    • 1 ބިސް
    • ¾ ޖޯޑު ފުށް
    • ¼ ސައިސަމުސާ ލޮނު
    • 10 ތުނިކޮށް ކޮށާފައިވާ އާމަންޑް (ބޭނުން ނަމަ ނޭޅިއަސް ރަނގަޅުވާނެ)

    ހަދާނެ ގޮތް:

    • ބޮޑު ބޯތަށްޓަކަށް ކްރަމްޕީ ޑާކް ޗޮކްލެޓް ސްޕްރެޑްއާއި ބިސް އަޅާފައި ސަމުސަލެއް ބޭނުން ކޮށްގެން ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.
    • ދެން އެ ބޯތަށީގެ ތެރެއަށް ފުށާއި ލޮނު ފުރާނާލާފައި އަނެއްކާވެސް ރަނގަޅަށް އެއްވަންދެން ގިރާށެވެ.
    • އާމަންޑް ބޭނުން ކުރާނަމަ އާމަންޑްކޮޅުގެ 2/3 ބޯތަށީގެ ތެރެއަށް އަޅާ އަނެއްކާވެސް ރަނގަޅަށް އެއްކުރާށެވެ.
    • ދެން ބޯތަށި ފްރިޖަށްލާފައި 30 މިނިޓު ބަހައްޓާށެވެ.
    • ކުކީތައް ފިހަން ބޭނުން ކުރާނެ ތަބަކުގެ ފުލުގައި ބޭކިންގް ކަރުދާސް އަޅާފައި އެހަށް ބަހައްޓާށެވެ. އަހަރުމެން ބޭނުން ކުރީ 8 އިންޗި 12 އިންޗީގެ ތަބަކެކެވެ.
    • 30 މިނިޓު ހަމަވުމުން ބޯތަށި ފްރިޖުން ނަގާފައި އޭގައި ހުރި ސާމާނު އެއްވަރުގެ 8 ބަޔަށް ބަހާލާށެވެ.   
    • ކޮންމެ ބަޔަކުން ގުޅަވަށާފައި ދެ އަތްތިލަ ދޭތެރޭލާ ފިއްތާލައިގެން ފަތާކޮށްލާފައި ތައްޔާރުކުރި ތަބަކުގައި އަތުރާށެވެ. ފަތާކޮށްލީމައި އެތިކޮޅެއްގެ ޑަޔަމީޓަރުގައި ހުންނާނީ 2 އިންޗި ވަރެވެ. ތަބަކުގައި އަތުރާއިރު ދެ އެތިކޮޅު ދޭތެރޭގައި އިންޗިއެއް ހާތަން ދޫކުރަން ވާނެއެވެ. މި ގޮތަށް އެތުރީމައި އެހެރީ ކޫކީތައް ފިހަން ތައްޔާރު ކުރެވިފައެވެ.
    • އާމަންޑް ބޭނުން ކުރާނަމަ ބާކީ ހުރި އެތިކޮޅު، ތަބަކުގައި އަތުރާފައި ހުރި ކޫކީ ތަކުގެ މައްޗަށް އަޅާފައި ކުކީ ތަކުގެ ތެރެއަށް އެ ވަންނާނެ ގޮތަށް ކުޑަކޮށް އޮއްބާލާށެވެ.
    • ދެން 170 ޑިގްރީސް ސެލްސިއަސްގައި ހޫނުކުރަން އަވަން 10 މިނިޓަށް ޖައްސާފައި ފްރިޖްގެ ގަނޑުކުރާ ބަޔަށް ކުކީތައް އަތުރާފައި ހުރި ތަބައް ލާށެވެ.
    • އަވަން ހޫނުކޮށް ނިމުނީމައި ގަނޑުކުރާ ބައިން ތަބައް ނަގާފައި އަވަނުގެ މެދު ރެކުގައި ބައިންދާށެވެ. ދެން 170 ޑިގްރީސް ސެލްސިއަސްގައި 12 މިނިޓުވަންދެން ނޫނީ ކުކީތަކުގެ އަރިމަތި ކުޑަކޮށް ހަރުވެލާ މަތި ކުޑަކޮށް ފަޅައިގެން ދަންދެން ފިހާށެވެ.
    • ކުކީތައް ފިހެވުނީމައި ތަބައް އަވަނުން ނަގާފައި ކުކީތައް ތަބަކުގައި ބަހައްޓައިގެން ހިހޫ ކުރާށެވެ. އަވަނުން ނަގާއިރު ކުކީތައް ހުންނާނީ ވަރަށް މަޑުކޮށެވެ. ހިހޫ ވާވަރަކަށް ދާނީ ހަރުވަމުންނެވެ.
    ]]>
    Sat, 25 Mar 2023 23:37:28 +0500 ހީރަސް
    ނަވާޒަށް: ޖޭޕީގެ ޑެޕިއުޓީ ލީޑަރކަން ލިބުނަސް ދުނިޔެ ރަންނުވޭ https://heerasnews.com/1171 https://heerasnews.com/1171 ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަނީ ރައީސް ސާލިހެއް ނޫނެވެ. 2023 ގެ ވެރިކަމުގެ ހުވަފެން ދެކޭ ޖުމްހޫރީ ޕާޓީ ލީޑަރޝިޕުންނެވެ. ޖޭޕީގެ ޑެޕިއުޓީ ލީޑަރކަން ލިބުމުން ދުނިޔެ ރަންވެގެން އުޅޭ އަބްދުﷲ ނަވާޒުމެން ކަހަލަ އަނދޮޅުންނެވެ. ސިޔާސީ ޕާޓީއެއްގެ ޑެޕިއުޓީ ލީޑަރުކަމާ ހަމަޔަށް އާދެވޭ އިރު ޕާޓީ ނިޒާމު މަސައްކަތް ކުރާގޮތް ވެސް އެ ފަކީރަށް ނޭނގެއެވެ.

    ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީގެ ރައީސެވެ. އެމްޑީޕީގެ އެއްވެސް ގުނަނަކުން އަންނަ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން ނިންމާފައެއް ނުވެއެވެ. އެހެން އެކަން އޮއްވާ ރައީސް ނަޝީދު އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެމްޑީޕީ ނޫން އެހެން ބަޔަކާ އެކު ރިޔާސީ އިންތިހާބުގައި މަސައްކަތެއް ނުކުރެއްވޭނެ ކަމެއް މި ބައިގަނޑަށް ނޭނގެއެވެ. 

    ރައީސް ނަޝީދަށް އެމްޑީޕީ ނޫން ބަޔަކާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެ އޮތީ ދެ ހާލަތެކެވެ. އެއް ގޮތަކީ އެހެން ޕާޓީއަކާއެކު ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްގެން އެކަން ނަޝީދު ކުރެއްވުމެވެ. އަނެއް ގޮތަކީ ރައީސް ނަޝީދު އަމިއްލަފުޅު ހައިސިއްޔަތުން އެހެން ޕާޓީއަކާއެކު މަސައްކަތް ކުރެއްވުމެވެ. އަމިއްލަފުޅު ހައިސިއްޔަތުން އެހެން ޕާޓީއަކަށް ސިޔާސީ މަސައްކަތް ކޮށްދެއްވޭނީ އެމްޑީޕީގެ ރައީސްކަމާއި މެންބަރު ކަމުން ވަކިވެ ވަޑައިގަތުމަށް ފަހުގައެވެ.

    އިންތިހާބާ ބެހޭ ގޮތުން ނަޝީދު އާއި ދައްކާނެ ވާހަކައެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެހެން ވެގެންނެވެ. ވިދާޅުވާން ޖެހޭތީއެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއް ހުއްޓާ އެމްޑީޕީގެ ރައީސް އެހެން ސިޔާސީ ޕާޓީއަކަށް ވެރިކަން ހޯދާ ދެއްވަން ނިކުމެ ވަޑައިގަތުމަކީ ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލު ކުރާނެ ކަމެއް ނޫނެވެ. 

    ރައީސް ނަޝީދު ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެކު ކަމަށާއި ދެނެއް ރައީސް ނަޝީދު ނުގުޑާނެ ކަމަށް ޖޭޕީގެ ދިއުޅި ހަމަނޫން ޑެޕިއުޓީ ލީޑަރު އަބްދުﷲ ނަވާޒަށް ހީވެދާނެއެވެ. ރައީސް ނަޝީދު ރައީސް ސޯލިހާއި ވާހަކަ ދައްކަން ބޭނުންފުޅު ނުވާނެހެން ނަވާޒަށް ހީވުމަކުން ހައިރާނެއް ނުވެއެވެ. ގަލޮޅު އުތުރުން މަޖިލިސް ގޮނޑި ހޯދާލެވޭ ވަރު އުރައްޕަތް ނެތް މީހަކަށް ރައީސް ނަޝީދު ކުރައްވާފައި ނުކުރައްވާނެ ކަމެއް ލަފާކޮށްލަން ވެސް ނޭނގޭނެއެވެ. 

    ފަހު ވަގުތު ރައީސް ނަޝީދު ހުންނަވާނީ ކޮންތާކު ކާކާއެކުގައި ކަން ހިތައް ވެސް ނާރާނެއެވެ. ނަވާޒުމެން ކިތަންމެ ވަރަކަށް ތިޔަ ކަހަލަ ތާކުން ތާކު ނުޖެހޭ ތެޔޮގުޅާ ސާދާއެއް ކުރިޔަސް ރައީސް ނަޝީދު ހައްދަވާނެ ގޮތެއް އަންދަޒާ ވެސް ނުކުރެވޭނެއެވެ.

    ]]>
    Sat, 25 Mar 2023 21:07:50 +0500 ހީރަސް
    މަގާމުން ވަކިކުރުމަކީ ރައީސަށް ފަސޭހަކަމެއް https://heerasnews.com/1170 https://heerasnews.com/1170 ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރުމާ ވަކިކުރުމުގެ ހުރިހާ ބާރެއް އޮންނަނީ ރައީސުލްޖުމްހުރިްޔާ އަށެވެ. ޕާޓީއަކަށް ނޫނެވެ. ސްލޮޓްދިން ޕާޓީގެ ރައީސްއަކަށްވެސް ނޫނެވެ.

    ހެނދު ކަރަށް ބާރުކޮށް ޓައީއަޅައިގެން އޮފީހަށް ނިކުމެ ގޮނޑި ހޫނުކޮށްފައި ރަސްމީގަޑި ނިމުމުން ތިމާ ހިމެނޭ ސަރުކާރު ނޫން ގޮތެއް ހޯދަން ނިކުތީމާ ޖެހޭނީ މަގާމުން ވަކި ކުރާށެވެ. ސިޔާސީ މަގާމު ސަރުކާރުން ދީފައި ތިބެނީ ސަރުކަރުގެ ސިޔާސަތު ތަންފީޒު ކުރާށެވެ. ސަރުކާރު ބަދުނާމުކޮށް ލަސްކޮށް ފަސްކޮށް ފިކުރު ދިރުވާ އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅޭކަށް ނޫނެވެ. 

    އާނއެކެވެ. ސަރުކާރުގެ މަގާމު ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޒާތުފުޅުން ދެއްވާ މަގާމުތަކެއް ނޫނެވެ. އެމްޑީޕީ ނުވަތަ އެނޫން ޕާޓީއަކުން ހުށަހެޅައިގެން މަގަމުދޭން ޖެހޭކަމަށް އޮތީ ކޮންތާކު އޮތް ކޮން ގާނޫނެއްގައި ހެއްޔެވެ. އެމްޑީޕީން ހުށަހެޅިޔަސް ޖޭޕީން ހުށަހެޅިޔަސް އެނޫންތަނަކުން ހުށަހެޅިޔަސް ސިޔާސީ މަގާމުތައް ދެނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ގަބޫލުކުރާ އެ ސިޔާސަތުތައް ނަގަހައްޓާ ދަމަހައްޓާ ތަންފީޒު ކުރަން މަސައްކަތް ކުރާ ބަޔަކަށެވެ. އެހެން ގޮތެއް ހޯދަން އުޅޭ މީހުން އުޅޭނީ ސަރުކާރުން ބޭރުގައެވެ. 

    ލަދު ހަޔާތެއް ގަންނަ މީހަކު ތިމާގެ ވިސްނުމާ ހިލާފު ބަޔަކާއެކީ ފަތީލެވިގެން މުސާރައެއް ނުނަގާނެއެވެ. ވަޒީފާ ގެއްލިދާނެތީ ޒަމީރު ގުރުބާން ކުރާނެ ބައެއް ނޫންނަމަ ސަރުކާރުން މުސާރަ ކައިގެން ސަރުކާރާ ދެކޮޅަށް ވައްވަކެއް ނުޖަހާނެއެވެ. 

    މާބޮޑަށް ނުފުއްޕާށެވެ. ރައީސުލްޖުމްހުރިއްޔާ ބޭނުންފުޅު ނަމަ ސިޔާސީ މަގާމުތަކުގައި ސަރުކާރުގައި ތިބި އިދިކީލި އެންމެން ވަކިކުރުމަކީ ހިނދުކޮޅެއްގެ ކަމެކެވެ. ސިޔާސީ މަގާމުތަކުގައި ތިބި މީހުން ކީއްކުރަން ހެއްޔެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސް ކަމުން ނަޝީދު ވަކިކުރުމަކީ ވެސް އަދި ރައީސަށް ދާދި ފަސޭހަ ކަމެކެވެ. ނުކޮށް އޮތީކީ ކުރެވެން ނެތިގެނެއް ނޫނެވެ.

    ]]>
    Sat, 25 Mar 2023 17:09:01 +0500 ހީރަސް
    ކަމަދޫ ބަނދަރުގެ ތަކުލީފް ނިމުމަކަށް https://heerasnews.com/1169 https://heerasnews.com/1169 ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކޮށް ބ. ކަމަދޫ ރަށްޔިތުންނަށް ސަރުކާރުން ކޮށްދޭ މުހިންމު މަސައްކަތްތައް އެރަށު ރައްޔިތުން އުފަލުން ބަލައިގަނެއެވެ. މީގެ ކުރިން ލަފާ ފުރުމަށް ބޭނުން ކުރަމުން ދިޔަ ހަލާކުވެފައި އޮތް ބަނދަރުގެ ތަކުލީފް ނިމުމަކަށް އަންނާތީ ކަމަދޫ ރައްޔިތުން އުފާ ކުރެއެވެ. ޝުކުރުވެރި ވެއެވެ.

    މީގެ 25 އަހަރު ކުރިން ރައްޔިތުންގެ އާދޭސް ތަކަށް ލުޔެއް ހޯދާދިނުމުގެ ގޮތުން ރައްޔިތުންގެ އެހީތެރިކަމާއެކު އަމިއްލަ ފަރާތަކުން ހަދާދީފައި އޮތް 400 ފޫޓް ދިގު 150 ވަރަކަށް ފޫޓް ފުޅާ މިނުގެ ފަޅު ބޮޑުކޮށްލާ ނުދިންތާ މަރާމާތު ކޮށްލާ ދޭނެ ސަރުކާރެއް މީގެ ކުރިއަކު ރާއްޖޭގައި އުފެދިފައެއް ނުވެއެވެ.

    މޫދުން ގައު ނަގައިގެން ޖަހާފައި އޮތް އެއްގަމު ތޮއްޓާއި ބޭރު ތޮށި އެކީ އެކަށް ވީރާނާވެ އުޅަނދު ފަހަރު ރަށަށް ލަފާ ކައިރި ކުރުމަކީ އަނިޔާއެކެވެ. ފަޅު ތިލަވެ ލަފާ ފުރެން ނެތޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. އިރުވާ މޫސުމުގައި ކަމަދުއަށް ވަންނަން ޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެނެވެ. އުޅަދުގެ ރައްކާތެރިމާއި ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ ޔަގީން ކަމެއް ނޯވެއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. އެތަން ފެންނަ ލޮލެއް ސަރުކާރެއް މީގެ ކުރިއަކުން ނެތެވެ. 

    ރައީސް ސާލިހު ސަރުކާރުން ކަމަދޫ ރައްޔިތުންގެ އިހުސާސްތައް ދެނެގަތެވެ. ކަމަދޫ ބަނދަރު މަރާކާތުކޮށް ބޮޑު ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރިއެވެ. 25،404 އަކަމީޓަރުގެ ބަނދަރު ފުންކޮށް 180 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށެވެ. ހަމަ އެއާއި އެކު 826 މީޓަރުގެ ރިވެޓްމަންޓްޖެހުމާ 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމަށެވެ. އޮޑިފަހަރު އަޅާ ވާ އެއްސުމަށް 70 މޫރިންގް ހަރުކޮށް ކޮޅުވެއްޓިތަކަށް ކައިރިކުރެވޭ ގޮތައް 11 މީޓަރުގެ ރޭމްޕެއް ހަދައި 1730 އަކަމީޓަރުގެ ދުވާރު ހަދާ ބަނދަރު ހިމެނޭ ސަރަހައްދުގައި 17 މަގުބައްތި ޖެހުމާ ނެރު ބައްތި ޖެހުން މިމަސައްކަތުގެ ދަށުން ހަވާލު ކުރިއެވެ. 

    ސަރުކާރުން އެމްޓީސީސީއާއި ކުރުމަށް ހަވާލުކުރި ބ. ކަމަދޫ ބަނދަރުގެ މަސައްކަތުގެ 52 އިންސައްތަ މަސައްކަތް މިހާރު ނިންމައިފިއެވެ. މިހާރު ކުރަމުން ދަނީ ކުދި އުޅަނދުތައް އެޅުމަށް ބޭރު ތޮށީގައި ޖެޓީ ހެދުމުގެ މަސައްކަތެވެ. ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް މިހާރު ވަނީ ނިމުކަމާ ގާތްވެފައެވެ.

    ]]>
    Sat, 25 Mar 2023 16:14:41 +0500 ހީރަސް
    އެމްޕީއެލް ފްލެޓްތައް އަންނަމަހު ހަވާލު ކުރާނެ https://heerasnews.com/1168 https://heerasnews.com/1168 މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން އެމްޕީއެލްއިން އިމާރާތްކޮށްފައިވާ ފްލެޓްތައް އަންނަމަހު ހަވާލު ކުރާނެއެވެ. އެމްޕީއެލްގެ 3 ޓަވަރުގައި ޖުމްލަ 534 ޔުނިޓް ހިމެނެއެވެ. އެއީ 1 ކޮޓަރީގެ 204 ފްލެޓާއި 1+2 ކޮޓަރީގެ 330 ފްލެޓެވެ.

    އެމްޕީއެލްއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން ދަނީ 15 ބުރީގެ 3 ޓަވަރެެވެ. ފްެލެޓްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ފްލެޓްތައް ހަވާލުކުރުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.

    (ފޮޓޯ:ޕީއެސްއެމް)

    އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވާ ގޮތުގައި މިހާރު ކުރިއަށްދަނީ ފްލެޓް ހަވާލުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތަކެވެ. ފްލެޓްތައް ހަވާލުކުރުން ލަސްވެގެން ދިޔައީ ކޮންޓްރެކްޓަރު ކުރިއަށްގެންދާ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާތީއެވެ. މިވަގުތު ކުރިއަށްދަނީ ޓަވަރުގެ ސިޑިތަކުގައި ކުރަންޖެހޭ މުށިޖެހުމުގެ ބައެއް މަސައްކަތްތަކާއި ލިފްޓްގެ މަސައްކަތެވެ. ފްލެޓްތައް ހަވާލުކުރާއިރު އެޕަޓްމަންޓް ތަކުގެ އެތެރޭގެ ފިނިޝިން ހުރިހާ މަސައްކަތްތައް ހުންނާނީ ނިމިފައެވެ.

    ފްލެޓް ލިބުނު މުވައްޒަފުންގެ ލިސްޓް އެކުލަވާލާ ލިބޭ މުއައްޒަފުންނަށް އެކަން އަންގާ ނިމިފައި ވާއިރު މިހާރު ކުރަމުންދަނީ ޑައުންޕޭމަންޓްގެ މަސައްކަތެވެ. ސީއީއޯ ޝާހިދު ވިދާޅުވާ ގޮތުގައި %85 މުވައްޒަފުން ޑައުންޕޭމަންޓް ދައްކާ ވެސް ވަނީ ނިންމާފައެވެ.

    މިހާރު ކަނޑައެޅިފައި އޮތް ގޮތުން އަންނަ މަހުގެ ފަހުކޮޅަށް ފްލެޓްތައް އެއްކޮށް ނިމޭނެއެވެ. އަދި އޭޕްރިލް ފަހުކޮޅު ފްލެޓްތައް ހަވާލުކުރެވޭނެއެވެ. 

    އެމްޕީއެލްއާއި އަދި ސަރުކާރުގެ އިތުރު 3 ކުންފުންޏަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްކޮށްފައިވެއެވެ. އެކުންފުނި ތަކަކީ ސްޓެލްކޯ، އެމްއޭސީއެލް، އެމްޑަބްލިއުއެސްސީ އެވެ. އެމްޕީއެލް ފިޔަވައި އެހެން ކުންފުނިތަކުން ފްލެޓްތައް މުވައްޒަަފުންނާއި ވަނީ ހަވާލުކޮށްފައެވެ. ސަރުކާރުގެ ކުންުފުނިތަކުގެ އިތުރުން އާއްމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހުޅުމާލޭގައި 4000 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

    ]]>
    Sat, 25 Mar 2023 14:57:31 +0500 ހީރަސް
    ބޮޑުސޭޓް ދުއްވާލާ ކުރުސީ ވެރިކަމަށް އައުމުގެ އިންޒާރު https://heerasnews.com/1167 https://heerasnews.com/1167 އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެރިކަން ޖަހައިގަތުމަކީ ހަސަން ކުރުސީގެ ނިޔަތެވެ. ބޭނުމެވެ. އުޅެއުޅެވެސް އިބޫ އަތުން ވެރިކަން ދަމައެއް ނުގަނެވުނެވެ. ބޮޑު ވަޒީރުކަން ނަމަވެސް ލިބޭނެ ގޮތެއް ވޭތޯ މަރުފަލި ޖަހައިފިއެވެ. ނިޒާމު ބަދަލުކޮށްގެން ބޮޑުވަޒީރުކަން ލިބޭތޯވެސް ލައްކަ ސަކަރާތް ޖަހައިފިއެވެ. ވީކަމެއް ހަރާމުން ހަރާމެވެ. 

    މަޖިލީހުން ލިބިއޮތް ސްޕަރމެޖޯރިޓީ ބޭނުން ކޮށްގެން މެންބަރުންނަށް ވަޒީރުކަމުގެ ހުވަފެން ދައްކައިގެން ބަރުލަމާނީ އަކަށް ބަދަލު ކުރަން ދެއްކި ޖާދޫއަކަށް މެންބަރުން ނުހެއްލުނެވެ. ގިނަ މެންބަރުން ކުރުސީއާއި ޖެހުނީ ފެޔަށެވެ. ނިޒާމު ބަދަލުކުރާ ވާހަކަ ނުދައްކާ ރިޔާސީ ޕްރައިމަރީގެ ވާހަކަ ނުދައްކަން ހުރި މީހާ ކުއްލިޔަކަށް ފެނުނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ނިކުތްތަނެވެ. ނިޒާމު ގޯހަސް ހެޔޮތާއެވެ. ވެރިކަން ލިބެންޏާ ނިޒާމް ގޯހެއް ނުވާނެއެވެ. 

    ހުތުރު ބައްޔަކުން ބަލިވެ ޓިކެޓް ގެއްލުމުން މަށަށް ނެތް ވެރިކަމެއް ގޯތި ކުއްޖަކަށް ވެސް ލިބިގެން ވާކަށް ނެތެވެ. ހެދުނު އެއްޗެއް ހަދައިގެން ބޭނުމީ ވެރިކަން ފިރުކައިގަތުމެވެ. އަމިއްލަ ޕާޓީ ދޫކޮށް ހަސަނު ކުރުސީ ބޮޑު ސޭޓް ފަހަތަށް ޖެހެލުމުގައި ދެ ބޭނުމެއް އެބައޮތެވެ. 

    ސޭޓަށް ރާއްޖޭގައި ނުކުރެވެނީ ވެރިކަން އެކަންޏެވެ. ވެރިކަން ކުރި މީހުންގެ ލިސްޓުގައި ސޭޓްގެ ނަން ޖަހާލެވެނިކޮށް ސޭޓަށް ނިމުނީއޭ ހަސަނަށް ހީވެއެވެ. ސޭޓްގެ ވެރިކަމެއްގައި ނިޒާމް ބަދަލުކޮށް ރަމްޒި ރައީސަކަށް ސޭޓް ބަހައްޓައިގެން ބޮޑުވަޒީރު ދައުލަތް ހިންގާގޮތް ހަދާ ބޮޑުވަޒީރަކަށް ވުމަކީ ކުރުސީގެ ފުރަތަމަ ވިސްނުމެވެ.

    ކުރުސީގެ ދެވަނަ ވިސްނުމަކީ މާ ނުރައްކާތެރި ބިރުވެރި ވިސްނުމެކެވެ. ކުރުސީ ރަނިންގ މޭޓެއްގެ ގޮތުގައި ހުރެ ސޭޓަށް ވެރިކަން ހޯދާ ދިނުމެވެ. ސޭޓަކީ އުމުރުން ދުވަސް ވީ ބަލިމީހެއް ކަމުން ދައުރު ތެރޭގައި ވެރިކަން ނައިބު ރައީސްގެ އަތްމައްޗަށް ފޮރޮޅާލުމުގެ ނުބައި ވިސްނުމެވެ. ކުރުސީގެ ބޮލުގައި އެނބުރޭ ނުބައި ވިސްނުން ކެތްނުވެގެން އެންމެ ފަހުން ހާމަވެސް ކުރީއެވެ. 

    ހުރި ނުބައިކަން ދެކިބަލާށެވެ. ފާރިސް މައުމޫނުއާއި އަލީހުސައިން ފަދަ ބޭފުޅަކަށް ރަނިންގ މޭޓްކަން ނުދީ ޖުމްހޫރީގެ ރަނިންގ މޭޓްކަން ހަސަން ކުރުސީއަށް ދޭން އެ އޮތީ ގޮވާލާފައެވެ. 

    ހަސަން ކުރުސީ ރަނިންގ މޭޓަކަށް ލައިގެން ގާސިމް އިބްރާހީމް ގެ ވެރިކަމެއް ކުރަން ފަށައިފި ނަމަ ފުރަތަ ހަމަސް ތެރޭގައި ރައީސް ކަމުން ގާސިމް ވަކިވާން މަޖުބޫރު ކުރުވާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. ގާސިމް އިބުރާހީމް ވެރިކަމަށް ގެނައުމަށް ފަހު ވެރިކަމުން ވަކިކޮށް ވެރިކަން ފިރުކައިގަންނާނެ ކަމުގެ އިންޒާރު ހަސަން ކުރުސީ މިހާ ކުރިން އެ އޮތީ ދީފައެވެ. މަރުގެ އިންޒާރެއްގެ ގޮތުގައެވެ. 

    ]]>
    Fri, 24 Mar 2023 20:22:31 +0500 ހީރަސް
    ގާސިމް ގުރުބާންކޮށްގެން ޔާމީނު ބާރުވެރި ކުރުން https://heerasnews.com/1166 https://heerasnews.com/1166 ޖުމްހޫރީ ޕާޓީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމީ ރާއްޖޭގެ އިސްތިގުލާލު ގެއްލޭތީ އިސްތިގުލާލު އަނބުރާ ހޯދަންކަމަށް ޖުމްހޫރީ ޕާޓީގެއައު ނައިބުލީޑަރެއް ކަމުގައިވާ އިގުބާލު އާދަމު ބުނުމުން ހައިރާނެއް ނުވެއެވެ. ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު އަތް އަނބުރާލާފައި ވެރިކަމުގެ ބާރުގައި މެކިގަނެގެން އުޅުނުއިރު ތިޔަ ބުނާ އިސްތިގުލާލު އޮތީ މުކައްބަ ދަށުގައި ނޫނީ ފޮށާ ދަށުގައި ހެއްޔެވެ. 

    އިއްޔެއާއި ޖެހެންދެން އަދި މިއަދުވެސް ސަރުކާރު ހިންގާ ކޯލިޝަނުގެ ދެވަނަ ޕާޓީއަކީ ޖޭޕީއެވެ. މި ކުރިއްޔާ ކުރިކަމެއްގައި ޖޭޕީގެ ބައިވެރިވުން އިންތިހައަށް އޮތެވެ. ރަނގަޅަށް ކުރެވުނު ކަމަކަސް ނުބަޔަށް ކުރެވުނުކަމަކަސް ޖޭޕީގެ ބައިވެރިވުން ނެތްކަމެއް މި ސަރުކާރުން ކޮށްފައެއް ނެތެވެ. ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ޖޭޕީގެ ވަޒީރުންގެ ބާރުގަދަ ގަދައެވެ.

    ޖޭޕީގެ ލީޑަރުގެ އަނބި ނަހުލާއަކީ ރާއްޖޭގެ ކަނޑާ ވަޔާ އެއްގަމު ދަތުރު ފަތުރާބެހޭ ބާރުގަދަ ވަޒީރެވެ. އެކަމަނާއަކީ ޖުމްހޫރީގެ ނައިބުލީޑަރެކެވެ. ދަނޑުފަގާއި ކަނޑުފަޅުގެ މުއްސަދިކަމާ ބެހޭ ވަޒީރަކަށް ހުންނެވީ އުފެދުނީއްސުރެ ޖޭޕީގެ ނައިބު ލީޑަރުކަން ކުރެއްވި ޑރ. ހުސައިނެވެ. މިހާރުގެ ވެސް ޓޫރިޒަމް ވަޒީރަކީ ޖުމްހޫރީއަށް ނިސްބަތްވެ ވަޑައިގަންނަވާ ޑރ. މައުސޫމެވެ. ސަރުކާރުގެ އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިބިހާ ޖުމްހޫރުންގެ ވާހަކަ ދައްކާކަށް ނެތީމެވެ.

    ވެންޓީލޭޓަރ ހިޔާނާތް ފެންމަތި ވަންދެން ހެލްތު މިނިސްޓަރ ކަމުގައި ހުންނެވީ މިފަހަރުގެ ޖުމްހޫރީ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން އަބްދުﷲ އަމީންއެވެ. މުއައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ ކަންތައްގަޑެއް ތިލަވެ އިސްތިއުފާ ދެއްވަންދެން ޓޫރިޒަމް މިނިސްޓަރކަން ކުރެއްވީ އޭރު ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގައި ހުންނެވި އަލީ ވަހީދެވެ. 

    ޓެލެކޮމިނިކޭޝަން ވަޒީރަކަށް ހުރީ ޖުމްހޫރީން ސްލޮޓް ލިބިގެން ވަޒީރުކަމުގައި ހުއްޓާ އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމު ގެއްލުމުން މިހާރު ޕީޕީއެމަށް ލައްގައިގެން އެ އުޅޭ މަލީހެވެ. އަމިއްލަ ތަފާލުގައި ދަނޑިން ތެޅުމުގައި ދެވަނައެއް ނެތް މަލީހެވެ. 

    ހަމަތެދެކެވެ. މި ސަރުކާރުން ކުރިކަމެއް ކުރީ ޖޭޕީގެ ބައިވެރިވުމާ އެކުއެވެ. މިހާރު ގެއްލޭ އެއްޗެއް ގެއްލިފައި އޮންނާނީ ޖޭޕީގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެންނެވެ. މިސަރުކާރުން ގޯސްކޮށް ކަމެއް ކޮށްފައި އޮތްނަމަ  އިގްބާލުމެން ޓްވީޓެއް ކޮށްލައިގެން އެ ޒިންމާ އަކުން ޖޭޕީއަކަށް ވަކި ނުރެކެވޭނެއެވެ.

    ހަގީގަތަކީ އެއީއެއް ނޫނެވެ. އިސްތިގުލާލު ގެއްލޭތީ ޖޭޕީއަކުން ނޫޅެއެވެ. އެކަމާ އުޅޭނީ ހިނގާ ކަމެއް ނަމަތާއެވެ. އިގުބާލުމެން ދައްކަން ތިޔަ އުޅެނީ ޕީޕީއެމުން ދައްކާ އިންޑިއާ އައުޓުގެ ވާހަކަ ނޫން ހެއްޔެވެ. އިންޑިއާ އައުޓް ކެންޕޭނަކީ ފެށުނީއްސުރެއް ޖޭޕީން ދެކޮޅު ކެންޕޭނެކެވެ. ޕީޕއެމްގެ ހަރަކާތް ކުއްވެރިކޮށް ޖޭޕީން ވަނީ ބަޔާންވެސް ނެރެފައެވެ.

    ރާއްޖެއާއި އިންޑިއާއި އުފެދިފައިވާ ގާތްގުޅުމާ އިތުބާރަށް ހިޔަނި އެޅޭނެ އެއްވެސް ކަމެއް ވުމަކަށް ޖޭޕީ ނޭދޭނެއެވެ. އެހެނެއް ކަމަކު ކުއްލިޔަކަށް އިސްތިގުލާލް ގެއްލޭ ޖޭޕީ ވެރިކަމަށް ނިކުންނަ ކަމަށް ވެއްޖެއެވެ. މިވަރު ބަޔަކު ކުއްލިޔަކަށް އިސްތިގުލާލު ގެއްލިގެން ތެޅިގަތީމާ ތިޔަ ވަނީ ކީއްކަން އެބަ ސާފުވެއެވެ. ޖޭޕީގެ ނަމުގައި އިގުބާލުމެން ގަދަ ބަސްބުނަން ތިޔަހެންކޮށްލާ ކަމަކުން ފެންނަނީ ފޮރުވިގެން އުޅޭ އަސްލު ސިފައެވެ. 

    އޮއިވާލި ކަނދުފަތީގައި މަސް އަޅާހެން ރިޔާސީ އިންތިހާބާ ދިމާކޮށް ޖުމްހޫރީގައި ވަދެ އަތްގަދަކޮށް ހިސޯރުކޮށްގެން ސޭޓުގެ ތިޖޫރީގެ ދޮރުފަތް ނައްޓާލައިގެން ތިބެ ޔާމާލާ ނަގާ ޕީޕީއެމް އެޖެންޓުން ކިބައިން އަސްލު ސިފަފާޅުވާނެއެވެ. ދައްކާނީ ޕީޕީއެމުން ދައްކާ ވާހަކައެވެ. ކުރާނީ ޕީޕީއެމުން ކުރާކަންތަކެވެ. އާހިރުގައި ނަތީޖާ އަކީ ގާސިމް ގުރުބާން ކަންބަޅިއަކަށް ހަދައިގެން ޔާމީނު ބާރުވެރި ކުރުމެވެ. 

    ]]>
    Fri, 24 Mar 2023 16:01:33 +0500 ހީރަސް
    ޖޭޕީގައި އަލަށް ފޮޅުނު ތާޅަފިލިމާ https://heerasnews.com/1165 https://heerasnews.com/1165 5 އަހަރު ވަންދެން ކޯލިޝަން ބޯކިބާގެ ފަޅިވަރު ތަކުން ކަރުބުޑާ ހަމައަށް ވަރު ކުރުމަށް ފަހު އަންނަ ދައުރަށް ވާދަ ކުރަން ނިންމި ޖޭޕީގައި މާމޮޅު ވާހަކަ ތަކެއް ދައްކާ މީހަކު އެބައުޅެއެވެ.

    ގައުމު އަޅުވެތިވެ މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ގެއްލިގެން އުޅޭ އިސްތިގުބާލެކެވެ. މޭޔަރު މުއިއްޒުގެ ދެބޭންގެ ދެދަރި އިގްބާލު ކިޔާ މީހެއް ކަމަށް ވެއެވެ.  

    ކޮވިޑް 19 ގެ ބޮޑު ބަލި މަޑުކަމާ އެކު ގާސިމް ގެއްލުނުހެން، އިގްބާލު ފިލިހެން އިސްތިގުލާލް ގެއްލޭނެ ކަމަށް ހީވަންޏާ އެ މީހާ އެ ހުރީ ކޮންމެވެސް ވިޓަމިނެއް މަދުވެފައި ތޯއްޗެވެ. 

    5 އަހަރު ވަންދެން ސަރުކާރުން ކޭމޮޅު ކައިގެން ނުކުތް ޕާޓީ އަކު ވެރިކަމަށް އަންނަންޏާ ވެސް ބޮޑެތި ދޮގާ ފިތުނަ ފަސާދަ ނުހަދާ ކެމްޕޭން ކުރަންވީ ނޫންހެއްޔެވެ؟

    މާބޮޑު ވަތަނީ އަދި ދީނީ ބަހުރުވަ އިސްކޮށްގެން އޫރުމަހާ ރާ ވިއްކައިގެން ލިބޭ މުއްސަންޖަކުގެ މިޔަކަނުން ވެއްޓޭ ބަތް ފުކަށް ދަހިލަވައިގެން ހިތުން ތިޔަ ބުނާ ބަސްތަކުން ވެއްޓޭ ބަތްފުކަށްވުރެ ދަށު ދަރަޖައަށް ވެއްޓެނީ ތިމާގެ އަގެވެ.

    ދެން ތިޔަހާ ވަރު ވަންޏާ ސަރުކާރުގެ މަގާމު ތަކުގައި ދަތް އަޅައިގެން މިހާ ދުވަހު ތިޔަ ޖޭޕީ ތިޔަ އޮންނަނީ ކިއެއްވެގެން ހެއްޔެވެ؟

    ]]>
    Fri, 24 Mar 2023 14:16:02 +0500 ހީރަސް
    ޕާޓީތަކުގެ ތަންތަންކޮޅާ ޖޭޕީ ކޯލިޝަން ހެދުން https://heerasnews.com/1164 https://heerasnews.com/1164 ސިޔާޕާޓީ ތަކުގެ ތަންތަންކޮޅާ ޖުމްހޫރީ ޕާޓީން ކޯލިޝަން ހަދަނީއެވެ. ޕީޕީއެމުން ގައްސާނު ފެކްޝަނާއެވެ. އެމްޑީޕީން އަންނި ފެކްޝަނާއެވެ. ސަލަފްގެ ބައިވެރި ވުމާއެކު ޕީޕީއެމް މޭޔަރ ފެކްޝަން ކިހިލި ޖަހާލުމުގެ ހިޔަޅު ރޭވުން އަންނަނީ ރޭވެމުންނެވެ. އެންމެ ފަހުން ޕާޓީތަކުން ވަގަށް ނަގާ ފެކްޝަން ތަކުގެ އެހީގައި ވެރިކަމަށް އައިސް ގާނޫނީ ހައިސިއްޔަތެއް ނެތް ބައެއް ކަމަށް ބުނެ އެންމެން ފައްސާ ނާގާލާ ވެރިކަން އެކަނި ކައްވާލުމުގެ ހީލަތްތެރި މަޅިއަށް މުއިއްޒާ ގައްސާނާއި ނަޝީދު އެތިބަ ދަނީ މެހެމުންނެވެ.   

    މަލްޓި ޕާޓީ ނިޒާމަށް ގާސިމް އިބުރާހީމް އިސްވެހުރެ އެ ދެނީ މުޅި ނިޒާމު ފުނޑު ފުނޑު ކޮއްލާވަރުގެ ނުރައްކާ ތެރި ހަމަލާ އެކެވެ. އެ މަގުން ގޮސް ގާސިމަށް ވެރިކަން ކާމިޔާބު ވެއްޖެނަމަ ވަސްނެތް ފޮޑިއަކަށް ވެސް މުގާބޭ ނުވާނެއެވެ. ހޮދުމުހުތާރުކަމާއި ދައުލަތް އަމިއްލަ ކޮށްލުމުގައި ދުނިޔެ ދުށް އެފަދަ މަދު މީހުންގެ ލިސްޓުން ކުރި ހޯދާނެއެވެ. ވަހުޝީ ކަންކަމުގައި ކަލްގިއުލާ ވެސް ވާނީ ސުމަކަށެވެ. 

    އެކަމަކު ކުރާނީ ކީއްހެއްޔެވެ. ރަންކޮޅާއެވެ. އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ހުރި ގޮތަށް ހުއްޓާ އެމްޑީޕީގެ ރައީސް ޖުމްހޫރީ ގައިދަށު ވެއްޖެއެވެ. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް އޮތްތާ އޮއްވާ އަންނިގެ ޕަޕެޓް އެމްޕީން ޖޭޕީއާއި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕެއް ހަދަނީއެވެ. ފިކުރެއްގެ ދިރުމާ ޖުމްހޫރީ މެނީފެސްޓޯއެއް އެކުލަވާ ލެވެނީއެވެ. ޖުމްހޫރީ ޕާޓީއާއި ނަޝީދު ގުޅިގެން ރާއްޖޭގެ މަލްޓިޕާޓީ ސިޔާސީ ނިޒާމު ފުޑާލަނީއެވެ.

    ދައުލަތުން ސިޔާސީ ޕާޓީއަށް ދޭ ފައިސާ ހޯދައިގެން ތިބެ ޖުމްހޫރީ ޕާޓީން އެހެން ޕާޓީއެއްގެ މެންބަރުން ތަކަކާއެކު ގާނޫނާ ހިލާފަށް ހަދާ ކޯލީޝަން ހުއްޓުވަން ޖެހެއެވެ. އެމްޑީޕީގެ ގާނޫނީ ގުނަނަކުން ފާސް ކުރުމެއްނެތި އެމްޑީޕީ ބަޔަކާއެކު ޖުމްހޫރީން ކޯލިޝަން ހެދުމަކީ ޖުމްހޫރީ ޕާޓީ ސަސްޕެންޑް ކުރަން ޖެހޭވަރުގެ ކަމެކެވެ.

    ]]>
    Thu, 23 Mar 2023 18:18:38 +0500 ހީރަސް
    ރައީސް ނަޝީދަށް ފިޔަވަޅު އެޅޭހާ ހިތްވަރު ނެތީތަ! https://heerasnews.com/1163 https://heerasnews.com/1163 ކޮންމެ ބަޔަކު ވެސް މީހަކު ވެސް އުޅެންވާނީ ކޮންމެވެސް ގޮތަކަށެވެ. ކަނޑުފަޅާއި ޖަންގަލީގައި ވެސް ހަމަލަމަ އޮވެއެވެ. ވެރިކަމުގެ މަސްތުގައި ދިވެހި ބައެއް ސިޔާސީންގައި ހަމައެއް ލަމައެއް ނުހުރެއެވެ. 

    ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދައިގެން އުޅެނީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއްގެ ދަށުންނެވެ. ސިޔާސީ ޕާޓީތައް ހަދާ ހިންގަން ޖެހޭ ގޮތުގެ ގާނޫނެއް ވެސް އޮވެއެވެ. އެ ގާނޫނު ބުނާ ގޮތެއްގެ މައްޗަށް އެކުލަވާލާފައި އޮންނަ އަސާސީ ގަވައިދެއް ކޮންމެ ޕާޓީއެއްގައި އޮވެއެވެ. ޕާޓީގެ އަސާސީ ގަވައިދުގެ ދަށުން ޕާޓީގެ ކަންކަން ހިންގުމަށް ގުނަވަންތަކާއި ގަވައިދުތަކާއި އުސޫލުތަކާއި ހަމަތައް ކަނޑައެޅިފައި އޮވެއެވެ. 

    ބަޔަކު ނުވަތަ މީހަކު ބޭނުން ވުމުން އުސޫލުތަކާއި ގައިވައިދުތަކާއި ހަމަތައް މުގުރާލާ ޕާޓީގެ ނަމުގައި ކަންކަމެއް ނުކުރެވޭނެއެވެ. ކޮށްގެން ނުވާނެއެވެ. ކުރިޔަ ދީގެން ވެސް ނުވާނެއެވެ. އަސާސީ ގަވައިދުގެ އެއް ބަޔަށް ތަބާވެ އަނެއްބައި ދޫކޮށްލާ ހިތުހުރި ގޮތަކަށް ކަންތައް ކުރަން އެކަކަށްވެސް ފުރުސަތު ދީގެން ނުވާނެއވެ. 

    އެމްޑީޕީގެ ރައީސަކީ ގ. ކެނެރީގެ މުހައްމަދު ނަޝީދެވެ. އެމްޑީޕީގެ ރައީސް ކަމުގައި މުހައްމަދު ނަޝީދު ހުރިހާ ހިނދަކު އެމްޑީޕީގެ އަސާސީ ގަވައިދު ނަގަހައްޓާ ދެމެހެއްޓުމަކީ އޭނާގެ މަސްއޫލިއްޔަތެކެވެ. ވާޖިބެކެވެ. ކިތަންމެ ނުރުހުނަސް ގުނަވަންތަކުގެ ނިންމުންތަކަށް އިހުތިރާމްކޮށް އެ ނިންމުންތައް ތަންފީޒު ކުރުމަށް އިސްވެ ހުންނަން ޖެހެނީ ނަޝީދެވެ. ނަޝީދަކީ އެމްޑީޕީގެ ރައީސް ކަމަށް ގަބޫލުކުރަންޏާ ޕާޓީގެ އަސާސީ ގަވައިދާއި ޕާޓީގެ އެހެނިހެން ނިންމުންތައް ވެސް ނަޝީދު ގަބޫލު ކުރަންޖެހެއެވެ.

    އެމްޑީޕީ ގެ ނިންމުންތައް ބޮލާލާ ޖަހާ ހިތުހުރި ގޮތަކަށް ރައީސް ނަޝީދު އުޅެން ވާނީ އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދީފައެވެ. ޕާޓީގެ ރައީސްގެ ގޮތުގައި ހުރިހާ ދުވަހަކު މެޖޯރިޓީގެ ނިންމުމަށް އިހުތިރާމް ކުރަންޖެހެއެވެ. 

    ތެދެކެވެ. އެމްޑީޕީގައި ގޮފި އުފެއްދުމުގެ ގަވައިދާ އެއްގޮތަށް ގޮފި އުފެއްދޭނެއެވެ. މެޖޯރިޓީ ފިކުރު ފިކުރުގެ ދިރުމާ އެއްގޮތް ނުވުމަކީ ޕާޓީގެ އުސޫލުތައް މުގުރާލާ ރައީސް މީހާ ވާދަވެރިންގެ ބަޑުދަށަށް ވެއްޓި ގަންނަން ޖެހޭ ކަމެއްނޫނެވެ. ނަޝީދާއި ނަޝީދުގެ ބައިވެރިން އެމްޑީޕީގައި ތިބެ އެމްޑީޕީއާ އިދިކޮޅު ހަރާކަތް ވާދަވެރިންނާ ގުޅިގެން ހިންގާ ހިންގުމަކީ ގާނޫނީ ކުށެކެވެ.

    ނަޝީދު ޕާޓީގެ ރައީސް ކަމުގައި ހުރެގެން ޕާޓީއާއި ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާއިރު އެމްޑީޕީ އޮތީ ވާގި ނެތިފައި ހެއްޔެވެ. 2023 އެމްޑީޕީއަށް ވެރިކަން ހޯދާދޭން ރިޔާސީކެންޑިޑޭޓަށް އިހުލާސްތެރި މަސައްކަތް ކޮށްދޭ މީހުން މާޔޫސްވެ އިދިކީލި ވަންދެން އެމްޑީޕީ ހަނު އޮންނަނީ ކީއްވެ ހެއްޔެވެ. އެމްޑީޕީއަށް 2023 ލިބުނަސް ނުލިބުނަސް އަސާސީ ގަވައިދާއި ގުނަން ތަކުގެ ބާރު ކަނޑުވާލާ ތަން ބަލަން ފިޔަވަޅު ނާޅާ އޮންނަ އޮތުމުގައި އެއްވެސް ރަނގަޅެއް ނެތެވެ. ނަޝީދާ ދެކޮޅަށް އެމްޑީޕީން ފިޔަވަޅު އަޅައިގެން ލިބޭ ގެއްލުމަށް ވުރެ ނާޅައިގެން ލިބޭ ގެއްލުން ޒަމާން ތަކަށް ދާންދެން އެމްޑީޕީއަށާއީ މެންބަރުންނަށް މާ ބޮޑުވާނެއެވެ.

    ]]>
    Thu, 23 Mar 2023 17:51:13 +0500 ހީރަސް
    ރޯދަ ބާޒާރު: ކަރާ https://heerasnews.com/1161 https://heerasnews.com/1161
    ރަމަޒާން މަހަށް އެގްރޯނެޓުގެ ފަރާތުން 150 ޓަނުގެ ކަރާ ބާޒާރަށް ނެރޭނެއެވެ. ކަރާ ފުރަތަމަ ޝިޕްމަންޓް ނެރުނީ  މިމަހުގެ 19 ވަނަ ދުވަހުއެވެ. އެއީ 3 ޓަނުގެ ކަރައެވެ. އަދި 20 ވަނަ ދުވަހުވެސް އިތުރު 3 ޓަނުގެ ކަރާ ބާޒާރަށް ނެރުނެވެ. އެސްޓީއޯ އެގްރިނެޓުން ބާޒާރަށް ނެރޭ ތަކެތި ވިއްކަނީ ހޯލްސޭލްކޮށެވެ.

    އެގްރޯނެޓަށް އެންމެ ގިނައިން ކަރާ ލިބެނީ ގދ. ފިޔޯރީންނެވެ. ލ. ގަމުން ވެސް އެގްރިނެޓަށް ގިނަ އަދަދަކަށް ކަރާ ލިބެއެވެ. ކަރާ ކިލޯއެއް އެގްރިނެޓްއިން ގަންނަން ލިބެނީ 18ރ. އަށެވެ.

    އއ. ތޮއްޑޫން މި އަހަރު ވެސް 200 ޓަނަށްވުރެ ގިނަކަރާ މާރުކޭޓަށް ނެރެވޭނެއެވެ. ރަމަޒާން މަހައް ހާއްސަކޮށްގެން ކަރާ ހެއްދުމަށް ތޮއްޑޫއިން 2.3 މިލިޔަން އަކަފޫޓް މިއަހަރުވެސް ދޫކޮށްފައިވެއެވެ. 
    ]]>
    Thu, 23 Mar 2023 15:40:59 +0500 ހީރަސް
    މިދަނީ ވެރިކަމެއް ހިންގާ މަލަރުކޮށްލަން:ފައްޔާޒު https://heerasnews.com/1160 https://heerasnews.com/1160 އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވަނީ ތެދުފުޅެކެވެ. ދެ މީހުންނަށް އެއް ފަހަރާ ވެރިކަމެއް ނުކުރެއްވޭނެއެވެ. ވެރިކަން ކުރެވޭނީ ކޮންމެވެސް އެކަކަށެވެ. އަނެއްކޮޅުން އެންމެން ބޭނުންވާ ހުރިހާ ކަމެއް ހާސިލް ނުވެދާނެއެވެ. ތިމާއަށް ނެތް ވެރިކަމެއް އެމްޑީޕީން އެހެން މީހަކު ކުރަން ރައީސް ނަޝީދު އެދިވަޑައިނުގަތުމަކީ ޕާޓީގެ މައްސަލައެއް ނޫނެވެ. ދިމާވި ހާލަތެއް ދިމާވެގެން 2018ގައި އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ރާއްޖޭގެ ވެރިކަން އެ ކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. 

    2008ގައި ރައީސް ނަޝީދު ކުރެއްވި ވެރިކަން އެމްޑީޕީ މެންބަރުންނާއި ދިވެހި ރައްޔިތުން ތަޖުރިބާ ކޮށްފިއެވެ. ޖެހެލުން ކުޑަކަމަށް މަޝްހޫރު އަންނިއަށް ވެރިކަން ލިބިވަޑައިގެން ވެރިކަން ކުރައްވަން އެނގިވަޑައިނުގެން ވެރިކަމުގައި ހިފަހައްޓަވާ ނުލެއްވި އިސްތިއުފާ ދެއްވިކަން އެމްޑީޕީ މެންބަރުން ހަނދާނުން ފިލާނުދެއެވެ. ބަސްނޭޙުމެއް ބަގާވާތަކަށް ފޫޅުކަނޑާ ބިޔަ ބޮޑު އެމްޑީޕީ މަގުމަތިކޮށް ހަތް އަހަރު ބިކާރީ ކުރުވި ވޭނާއި ލިބުނު އަނިޔާ ތަހައްމަލު ކުރީ އާއްމު މެންބަރުންނެވެ.

    އެހެނެއް ކަމަކު 2013ގައި އެމްޑީޕީން ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ދިނެވެ. ބަގާވާތުގެ ހަމްދަރުދީއާއި މުޅި ޕާޓީގެ ވޯޓާއެކު ވެސް ރައީސް ނަޝީދަކަށް ވެރިކަމަށް ވަޑައެއް ނުގަނެވުނެވެ. 2013ގެ ރިޔާސީ އިންތިހާބު ފޭލިވުމުން ވެސް އެމްޑީޕީ 2018ގެ ރިޔާސީ ޓިކެޓް ވެސް ދިނީއެވެ. ރައީސްކަމަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަނުވާ ހާލުކޮޅެއްގައި ހުންނަވަނިކޮށެވެ. ފަނޑިޔާރަކު ރަހީނު ކުރުމުގެ ކުށުގައި 13 އަހަރުގެ ޖަލުހުކުމެއް ގައި ހުންނަވަނިކޮށެވެ. 

    2018ގެ ރިޔާސީ އިންތިހާބަށް ދެމަހަށްވުރެ ކުޑަވެ ރައީސް ނަޝީދު ހުކުމެއްގައި ހުންނެވުމުން އެމްޑީޕީން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ވަރަށް ވަގުތު ކުޑަތަން ވުމުން އެމްޑީޕީއަށް މަޖުބޫރުވީ އެހެން މީހަކަށް ރިޔާސީ ޓިކެޓް ދިނުމަށެވެ. އުކުޅަހު ކޮންގްރެސް އިން އިބްރާހީމް މުހައްމަދު ސާލިހަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ އެމްޑީޕީގައި އޭރު ހުރި އެންމެ ތަޖުރިބާކާރު އެއް ޕޮލިޓިޝަނަކީ ރައީސް ސާލިހަށް ވީތީއެވެ. 

    އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސް ސާލިހު ދައުލަތް ހިންގަވަމުން ގެންދަވަނީ ހަމަހަމަކަމާއި ތަފާތު ކުރެއްވުމެއް ނެތިއެވެ. ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދެއްވަމުން ކޮވިޑްގެ އާލަމީ ވަބާއާއި ޔުކްރައިން ހަނގުރާމާގައި މުޅިދުނިޔެ ދުށް ކްރައިސިސް މެނޭޖް ކުރައްވަމުން ކެތްތެރި ކަމާ އޯގާތެރިކަމާ އެކުގައެވެ. ގައުމަށް އަމާންކަން ގެނުވާ ސިޔާސީ ބަދަލު ހިއްޕެވުމެއް ނެތިއެވެ. ކާމިޔާބު ރިޔާސީ ދައުރެއްގެ ފޮނި މީރުކަމުގެ މޭވާ ހޯދުމަށް ރިޔާސީ ދެވަނަ ދައުރަކަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް މެންބަރު އެރުވީ އުންމީދާއި ޔަގީންކަމާ އިތުބާރާ އެކުގައެވެ. 

    ބަޔަކު ހީކުރާ ގޮތާއި ހިލާފަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ ނުލާ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެމްޑީޕީއަށް އެ ބައޮތެވެ. އެހެނަސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީ ބޭނުން ވަނީ ނަޝީދުގެ ތާއީދާ ވެސް އެކުގައެވެ. 

    ރައީސް ނަޝީދަށް ވެސް އޮތް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއެކު ހުންނެވުމެވެ. ރައީސް ނަޝީދުގެ ސިޔާސީ ހައިބަތާއި މަގްބޫލުކަން ދެމެހެއްޓުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވާ ދެއްވުމެވެ. ޖަޒްބާތުގައި ޖެހި ވަޑައިގެން ގަދަ ހިފުމަކަށް ވަޑައިގެން އެމްޑީޕީ ނޫން ބަޔަކަށް ވެރިކަން ހޯއްދަވާ ދެއްވިޔަސް ރައީސް ނަޝީދަށް ކުޑައިމީސް ނުކުރާނެ ސިޔާސީ ލީޑަރެއް ދިވެހި އުޑުދަށުގައި ނެތެވެ. ރައީސް ނަޝީދަށް ހައްގު މަގާމާއި އިހުތިރާމް ހޯއްދަވާ ދެއްވާނެ ލީޑަރަކީ ހަމަ ރައީސް ސޯލިހެވެ.

    އެމްޑީޕީ އެ ދަނީ އަނެއްކާ ވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާ ދިމާލަށެވެ. ކުރިއަށް އޮތް ފަސް އަހަރު ވެސް އެމްޑީޕީން ކުރާނީ ހެޔޮ ވެރިކަމެކެވެ. އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވަނީ "އަޅުގަނޑުމެން މި ދަނީ މިނިވަން ދައުލަތެއް އަދި ރައްޔިތުންނަށް ހިދުމަތް ކުރާ ސަރުކާރެއް އަދި ސުލްހަމަސްލަސްކަމާ އެއްކޮށް ވެރިކަމެއް ހިންގާ އެ މަލަރުކޮށްލުމުގެ މަރުހަލާއަށް. އެހެންވީމަ ގާނޫނުއަސާސީން ލިބުނު މިނިވަން ކަން ހޯދަން ދިވެހި ރައްޔިތުން ކުރި ކަންތައްތަކާއި އެކަންތައްތައް ރަނގަޅަށް ހިފަހައްޓައި މިއީ ރާއްޖޭގެ އާންމު ގޮތް ކަމަށް ހެދުމަށްޓަކައި ކުރިއަށް އޮތް ފަސް އަހަރު ރައީސް ސޯލިހާ އެކީގައި ކާމިޔާބު ކުރަން " ކަމަށެވެ. ރައީސް ސޯލިހާ އެކުގައި މި މަސައްކަތުގައި ބައިވެރިވުމަށް ހުރިހާ އެންމެންނަށް އެމްޑީޕީން ގޮވާލައެވެ.  އެއްވެސް މީހަކު ބާކީ ނުވުމަށް އެމްޑީޕީ އެދެއެވެ.

    ]]>
    Wed, 22 Mar 2023 13:07:57 +0500 ހީރަސް
    ވާދަވެރިޔާގެ ޖާސޫސީ އިދާރާ ކެބިނެޓްގައި ހިންގުން https://heerasnews.com/1159 https://heerasnews.com/1159 އެބަ ރަގަޅުވެއެވެ. އެއް ވަގުތެއްގައި ދެއައިނުގައި އެއް ކުރަނތްގަށް ނޭޅޭނެކަން ބަޔަކަށް ވިސްނެއް ފަށައިފިއެވެ. ވާދަވެރި ދެމީހަކަށް އެކުއެކީގައި ވަފާތެރި ނުވެވޭނެކަން ހަމަ ބުއްދިވާ ކޮންމެ މީހަކު ގަބޫލު ކުރާނެއެވެ.

    ޖޭޕީގެ ސްލޮޓަކުން ސިޔާސީ މަގާމު ލިބިގެން ރައީސް ސާލިހު ސަރުކާރުގެ ސިޔާސަތު ތަންފީޒުކޮށް ދޭން ތިބި މީހުން ރޮނގު ދަމާލަން ޖެހޭ ވަގުތު މިއޮތީ އައިސްފައެވެ. ރައީސް ސޯލިހާއެކު ސަރުކާރު ހިންގަން ބައިވެރި ވެގެން ތިބެ ރައީސް ސާލިހާ ވާދަކުރަން ޖޭޕީ ނިކުންނަށް ކަނޑައަޅާ އެމަގަށް ޖޭޕީން މަސައްކަތް ފެށީ ކޯލިޝަން އެއްބަސް ވުމުގެ މުއްދަތުގެ ތެރޭގައެވެ. 

    ޖުމްހޫރީ ޕާޓީން ރައީސްއާއި ވާދަކުރަން ކަނޑައަޅާ ހިސާބުން ޖުމްހޫރީ ޕާޓީގެ އަމާޒާ މަގްސަދާއި އަމަލު ތަފާތު ވެގެން ދާނެއެވެ. ރައީސް ސާލިހު ސަރުކާރުގެ ނާގާބިލުކަން ދެއްކުމަށް ގިނަގުނަ ކަންކަން ކުރަން ފަށާނެއެވެ. ސަރުކާރުގައި ތިބެ އުނިކަންތައް އުފައްދައިގެން ރައްޔިތުންގެ ހިތުގައި ޝައްކާ ވަހުމް އުފައްދަން އުޅޭނެއެވެ. ސަރުކާރު ހިންގުމުގައި ތިބެ އަމިއްލައަށް ހެދި ގޯސްތަކުގެ ވާހަކަ ގައިން ނައްޓާލާ ދައްކަން ފަށާނެއެވެ. ކުރިން ނުދައްކާ ތިބި ކިތަންމެ ވާހަކައެއް ފިތުނަވެރި ގޮތެއްގައި ދައްކާނެއެވެ.

    ކޮވިޑް19ގެ ވެންޓިލޭޓަރ ގަތުމުގެ ބިޑް އެވިއުލޭޓްކުރީ ޖޭޕީން ސަރުކާރަށް ފޮނުވި ސިޔާސީ ކުދިން ކޮޅެކެވެ. އެކަމުގައި އެ ކުދިން ކޮޅު އުޅުނު ހުތުރު ގޮތުގެ ވާހަކައާއި ވެންޓީލޭޓަރ ޖަރީމާ ހިންގުމުގައި އެންމެ އިސްކޮށް އުޅުނީ އޭރުގެ ހެލްތު މިނިސްޓަރއެވެ. މިދަންނަވާ ހެލްތު މިނސްޓަރަކީ ޖޭޕީ ކުޑަ އަމީނުއެވެ. އޭނާއަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނެވެ. އޭނާ ނިކުމެ ސަރުކާރު ބަދުނާމުކޮށް ވެންޓީލޭޓަރ ޖަރީމާގެ ވާހަކަ ދައްކަން ނުފަށާނެއެކޭ ހިޔެއް ނުވެއެވެ. ޖޭޕީން ފޮނުވައިގެން ކުރިން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރި ވަޒީރާއި މިހާރުގެ ޓްރަންސްޕޯޓް މިނިސްޓަރު ކަމުގައިހުރި ޖޭޕީގެ ނައިބު ލީޑަރގެ އައްޗިވާހަކަ ތަކެއްވެސް ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން ޖޭޕީން ނުދައްކާނެ ކަމެއް ނޭގެއެވެ. ޖޭޕީން ޓޫރިޒަމަށް ފޮނުވި ވަޒީރު މުއައްޒަފުންނަށް ޖިންސީ ފުރައްސާރަކުރި ވާހަކަވެސް ސަރުކާރު ބަދުނާމު ކުރުމަށް ނުދައްކާނެ އެކޭ ހިޔެއް ނުވެއެވެ. 

    ޖޭޕީ ލީޑަރަށް ލިބުނު އަދުލުވެރި ބަދަލުތަކުގެ ވާހަކަވެސް ވާތުސިކުނޑީގެ ނަޒަރިއްޔާ އަކުން ސަރުކާރު ބަދުނާމުކުރަން ޖޭޕީން ނުދައްކާ ތިބޭނެ ހެނެއް ހިޔެއް ނުވެއެވެ. ކޮންމެހެނެއް ވިޔަސް މިއަދު މިއޮތީ ރޮނގު ދަމާލަން ޖެހިފައިކަން ސިޔާސީ މަގާމު ތަކުގައި ތިބި ޖޭޕީ މީހުނަށް އެނގެން އެބަ ޖެހެއެވެ. ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަށް މަސައްކަތް ކޮށްދޭނީތޯ ނުވަތަ ރައީސް ސާލީހުގެ އަރިހުގައި ދައުރު ނިމެންދެން ގައުމަށް ހިދުމަތް ކުރުމުގައި ދެމި ހުންނާނީތޯ ނިންމަން އެބަ ޖެހެއެވެ. 

    އަހުމަދު ސަމީރާއި ހަނަފީ އެދެއްކެވީ ރީތި މިސާލެވެ. ރައީސް ސާލިހާ ވާދަވެރި ލީޑަރެއްގެ ޑެޕިއުޓީ ލީޑަރުކަމާއި ސްޕެޝަލް އެޑްވައިޒަރުކަން ކުރަމުން ސަރުކާރުގެ ކެނބިނެޓްގައި ތިބުމަކީ ބަލައިގަނެވޭ ކަންކަމެއް ނޫނެވެ. ތިމާއަށް ހުރިހާ މޮޅެއް ހޯދައިގެން ވާދަވެރިޔާގެ ޖާސޫސީ އިދާރާ ވަޒީރުންގެ މަޖިލީހަކު ނުހިންގޭނެއެވެ.    

    ]]>
    Tue, 21 Mar 2023 18:59:33 +0500 ހީރަސް
    އެންމެގިނައިން ރަލާ އޫރުމަސް ވިއްކާ މަހުޖަނާ ސަލަފުގެ ބައްދަލުވުން https://heerasnews.com/1157 https://heerasnews.com/1157 މި ބުނި މަހުޖަނަކީ ޖުމްހޫރީ ޕާޓީގެ ފަރާތުން ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓް އޮނަރަބްލް ގާސިމް އިބްރާހީމެވެ. ސަލަފް ޖަމިއްޔާއަކީ ރާއްޖޭގައި މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ޝިޢާރާ އެ ދީނުގެ ޝަޚްޞިއްޔަތާ ހައިބަތާ ގަދަރު އުފުލުމަށް މަސައްކަތް ކުރާ ދީނީ ޢިލްމުވެރިން ނިސްބަތްވާ ޖަމިއްޔާ އެކެވެ.

    މި ބައްދަލު ވުމުގައި އޮނަރަބްލް ގާސިމް އިބްރާހީމްގެ އިތުރަށް ބައިވެރިވެ ވަޑައިގަތީ ޖުމްހޫރީ ޕާޓީގެ އެކި މަގާމް ތަކުގައި ތިއްބެވި ސިޔާސީ މައިދާނަށް ނިސްބަތްވާ ބޭބޭފުޅުންނެވެ. އެހެން ކަމުން މި ބައްދަލުވުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބްގައި ގާސިމް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް ކުރައްވާ މަސައްކަތާ ގުޅޭ މަޝްވަރާތަކެއް ކަމުގައި ބެލެވެއެވެ. 

    ސަލަފް ޖަމިއްޔާގަައި އިސްކޮށް ހަރަކާތް ތެރިވާ ބައެއް ބޭފުޅުން ތާއީދު ކުރައްވަނީ ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީނަށެވެ. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ދަރިފަސްކޮޅެއް ނިސްބަތްވާ މޭރުމަކުން ވާހަކަ ދައްކަވާ، ފައިސާ ދީފިއްޔާ ހިލޭ އަންހެނުން ނުތިބޭނެ ކަމަށް ފާޅުގައި ވިދާޅުވި ބޭފުޅެކެވެ. 

    ލަފާ ކުރެވޭ ގޮތުން މިއީ ސިޔާސީ ކަމެއްގައި ކުރީގެ ރައީސް ނަޝީދާ އެކު ސަލަފް ޖަމިއްޔާއިން އިސްލާމް ދީނަށްޓަކާ އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރަށް ވެގެން ހިނގައިދާނެއެވެ.

    ]]>
    Tue, 21 Mar 2023 15:30:56 +0500 ހީރަސް
    މިދިޔަ އަހަރު ބީއެމްއެލްއިން 33 މިލިޔަން ރުފިޔާ ގެއްލުނު https://heerasnews.com/1156 https://heerasnews.com/1156 އޮޅުވާލައިގެން ސްކޭމްގެ ގޮތުގައި ބީއެމްއެލް އެކައުންޓް ތަކަކުން 33 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކޮށްފައި ވާކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ. ބީއެމްއެލް އެކައުންޓް ތަކަކުން ގެއްލިގިގެން އުޅޭ 33 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަކީ ހުސްވި އަހަރު އެ ބޭންކްގެ އެކައުންޓް ތަކަކުން ފައިސާ ގެއްލިގެން ރިޕޯޓް ކޮށްފައިވާ 1360 މައްސަލައިގައި ހިމެނޭ ފައިސާއެވެ.

    2021 ވަނަ އަހަރު އޮޅުވާލައިގެން ފައިސާ ހޯދުމުގެ 686 މައްސަލަ މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީއަށް ވެސް ހުށައަޅާފައިވއެވެ. 2022 ވަނަ އަހަރު އެމްއެމްއޭއަށް އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ ހޯދުމުގެ 1459 މައްސަލަ ހުށަހަޅާފައި ވަނިކޮށް މިއަހަރުގެ މިހާތަނަށް 238 މައްސަލައެއް އެމްއެމްއޭއަށް ވަނީ ހުށަހަޅާފައެވެ. 

    ސްކޭމުން އޮޅުވާލައިގެން ފައިސާ ހޯދުމަށް ބޭނުންކޮށް އުޅެނީ ސިމްކާޑް ކަމަށް ފުލުހުންގެ ހޯދުންތަކުން އެނގިފައިވެއެވެ. ސްކޭމްގެ މުއާމަލާތުގައި ގިނައިން ބޭނުންކޮށްފައި ހުންނަނީ ބިދޭސީންގެ ނަމުގައި ނަގާފައި ހުންނަ ސިމްކާޑްކަން ފުލުހުންނަށް ވަނީ ފާހަގަ ކުރެވިފައެވެ. ފުލުހުން ބުނާ ގޮތުގައި 12 ބިދޭސީއެއްގެ ނަމުގައި 38000 ސިމް ކާޑު ހައްދައިގެން ބޭނުން ކުރާއިރު އެންމެ ބިދޭސީއެއްގެ ނަމުގައި ވެސް 800 ސިމްކާޑް ހައްދާފައި ވަކަން އެނގެއެވެ. ޖުމްލަ 14 ބިދޭސީއެއްގެ ނަމުގައި 62000 ސިމްކާޑް ހައްދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

    މަފުށީޖަލުގައި ތިބި ގައިދީންގެ ތެރެއިން ބަޔަކު 305 ސިމްކާޑް ބޭނުން ކޮށްގެން ސްކޭމްގެ މުއާމަލާތްތައް ހިންގާފައިވާކަން ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވެއެވެ. 

    ]]>
    Tue, 21 Mar 2023 12:35:07 +0500 ހީރަސް
    ޖަންމޫ ކަޝްމީރަށް ފުރަތަމަ ފަހަރަށް ފޮރިން އިންވެސްޓްމަންޓެއް https://heerasnews.com/1155 https://heerasnews.com/1155 ދުބާއީގެ އީމާރް އިން ޖަންމޫ ކަޝްމީރު ފުރަތަ ފަހަރަށް ފޮރިން އިންވެސްޓްމަންޓެއް ކުރަން ނިންމައިފިއެވެ. 

    ދުބާއީގެ އީމާރް ގްރޫޕުން ޖަންމޫ ކަޝްމީރުގައި އިންވެސްޓް ކުރުމަށް ނިންމާފައިވަނީ 60 މިލިއަން ޑޮލަރއެވެ. 60 މިލިޔަން ޑޮލަރ އިންވެސްޓް ކުރަން ނިންމާފައިވަނީ  ޝޮޕިން އަދި އޮފީސް ކޮމްޕްލެކްސްއެއް ބިނާ ކުރުމަށެވެ. 

    ގިނަ އަދަދަކަށް މުސްލިމުން އުޅޭ ހިމާލަޔާން ސަރަހައްދުގެ ވެރިރަށް ސްރީނަގަރުގައި ޝޮޕިން މޯލަކާއި މަލްޓި ޕާޕަސް ކޮމާޝަލް ޓަވަރެއް ހިމެނޭނެ ކަމަށް ދުބާއީ އީމާރް ގްރޫޕުން ބުނެއެވެ.

    ޖަންމޫ ކަޝްމީރަށް ފޮރިން އިންވެސްޓަރުން ގެނައުމަކީ ވަކިވެގަތުމަށް މަސައްކަތްކުރާ މީހުން އަހަރުތަކެއް ވަންދެން ސަރުކާރާ ހަނގުރާމަ ކުރަމުން އަންނަ ސަރަހައްދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއްކަމަށް ރިޕޯޓްތައް ބުނެއެވެ. 

    ދުބާއީ އީމާރް ގްރޫޕުން ޖަންމޫ ކަޝްމީރުގައި 60 މިލިޔަން ޑޮލަރ އިންވެސްޓް ކުރުމަށް ނިންމާފައި މިވަނީ  181 މިލިޔަން ޑޮލަރގެ ރެކޯޑް އިންވެސްޓްމަންޓެއް ޖައްމޫ ކަޝްމީރަށް ލިބިފައިވާ ކަމަށް މަރުކަޒީ ސަރުކާރުން ހުސްވި ހަފްތާގައި ބުނެފައި ވަނިކޮށް ކަމަށް ސަރަހައްދީ ސަރުކާރުން ބުނެއެވެ. 

    ސަރުކާރުތަކުން ގިނަ ދުވަސްތަކެއް ވަންދެން ދޭސީ އަދި ބިދޭސީ އިންވެސްޓަރުން އެ ސަރަހައްދަށް ޝައުގުވެރި ކުރުވަން މަސައްކަތް ކުރި ނަމަވެސް އިންޑިއާ އާއި ޕާކިސްތާނުން މިލްކުވެރިކަމަށް ދައުވާކުރާ އެ ސަރަހައްދުގައި އެތައް އަހަރެއް ވަންދެން ހިނގި ފިތުނަވެރިކަމުގެ ސަބަބުން ކާމިޔާބީއެއް ނުލިބުނެވެ.

    ]]>
    Tue, 21 Mar 2023 10:48:38 +0500 ހީރަސް
    ހުވަޔާ ތައާރުޒްވާހެން މަގާމްތަކުގައި ނުބޭތިއްބޭނެ! https://heerasnews.com/1154 https://heerasnews.com/1154 ކޯލިޝަނަކުން ވެރިކަން އުފެއްދުމަކީ އާކަމެއް ނޫނެވެ. އާކަމަކީ ކޯލިޝަން ދެމެހެއްޓުމާއި، އެއް ކޯލިޝަނެއްގައި ވާދަވެރި ރިޔާސީ 2 ކެންޑިޑޭޓުން ތިބުމެވެ. މިހާރު މިއުޅެނީ މިބުނި އާގޮތްވާތީއެވެ.

    ކެބިނެޓާ އެހެނިހެން ސިޔާސީ މަގާމް ތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި އެތިއްބެވި ބޭފުޅުންނަކީ އެކި ޕާޓީގެ އެކި ލީޑަރުން ދެއްކެވި އެކި މީސް މީހުންނެވެ. އެހެން ނަމަވެސް އެ މީހުން ކޮށްފައިވާ ހުވަޔާ ވެފައިވާ އިގްރާރާ ހިފާފައިވާ އަހުދު ކަށަވަރަކީ ގާނޫނު އަސާސީއާ ރައީސުލްޖުމްހޫރިއްޔާ އާއި ދިވެހި ދައުލަތް ފިޔަވާ ވަކި ޕާޓީ އަކާ، ލީޑަރަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ބާތިލް އިލާހުން ތަކަކީ ތިޔަ ބައިމީހުންނާއި ތިޔަ ބައިމީހުންގެ ކާބަފައިން ކިޔައިގެން އުޅޭ ނަންތަކެކޭ ކީރިތި ގުރްއާންގައި ވެސް އޮވެއެވެ. 

    ހަމަ އެގޮތަށް ކޯލިޝަނަކީ ވެސް އަމިއްލައަށް ކިޔައިގެން އުޅޭ ނަމެކެވެ. ގާނޫނު އަސާސީ ދައްކާ އިންތަކާ މިންތަކުގެ ބޭރަށް ގޮސްގެން ތިމާގެ ސިޔާސީ މަގާމުގައި ދެމިހުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ގާނޫނީ ވެރިކަމެއް ދަމަހައްޓާ ނަމަ އެއްވެސް މީހަކަށް އެޖާގަ ދިނުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް އޮތް އިޚްތިޔާރެއް ވެސް ނޫނެވެ. ކޯލިޝަން އެއްބަސްވުން އޮތީ 5 އަހަރަށޭ ވިދާޅުވެ ފިޝަރީޒް މިނިސްޓަރ ކުރައްވާފައިވާ ގާނޫނީ ހުވަޔަކާ ހިލާފުވެ ވަޑައެއްނުގެންނެވޭނެއެވެ. ވަޒީރުން ކުރާ ގާނޫނީ ހުވާ މިތަނުގައި މިއޮތީ އެވެ.

    މީގައި އެ ބުނާ ކޯލިޝަނާއި، ތިމާ ހުރި ޕާޓީއާއި އެ ޕާޓީގެ ލީޑަރުގެ ވާހަކައެއް ނެތެވެ. ހިނގަ ހިނގާ އޮތް ރިޔާސީ ދައުރެއްގައި ރައީސުލްޖުމްހޫރިއްޔާ އާ ވާދަވެރި އެހެން ރިޔާސީ ކެންޑިޑޭޓަކަށް ތިމާގެ ތެދުވެރިކަން ހުސްކޮށްލަން ވާނީ ތިމާ ހުރި ވަޒީރު ކަމުގެ ގޮނޑި ހުސްކޮށްފައެވެ. ދައުލަތް ނޫން ފަރާތަކަށް ދީލާލާ ވަޒީރެއްގެ ގޮނޑި ހުސް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ވާޖިބެކެވެ.

    ވަޒީރުން މާތް ﷲ ގަންދީ ހުވާކޮށްގެން ތިބެނީ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރާ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ވަޒީރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރުންމަތީ ދެމި ހުރުމަށެވެ. ވަޒީރު ކަމަށް ނަން ހުށަހެޅި ޕާޓީ ލީޑަރަށް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ވަޒީރުކަން އަދާކުރުން މަތީ ދެމި ހުރުމަކަށް ނޫނެވެ. 

    ވަޒީރަކަށް ވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނޫން އެހެން ފަރާތެއްގެ މަސްލަހަތުގައި މަސައްކަތް ކުރުމަކީ ހުވަޔާ ހިލާފުވުމެވެ. ކަމަކީ ވެވޭ ވަރަށް ބޮޑު ހިޔާނާތެކެވެ. ވަޒީރުންގެ ވާޖިބު ތަކާއި މަސްއުލިއްޔަތު ތަކަށް ބަލާލުމުން އެކަން ވަރަށް ރަގަނގަޅަށް ސާފުވެއެވެ. 

    ގާނޫނު އަސާސީގެ 132 ވަނަ މާއްދާއަށް އެކަނި ބަލާލިޔަސް ރައީސުލްޖުމްހޫރިއްޔާއާއި ވާދަވެރި ސިޔާސީ މަސައްކަތެއް ވަޒީރަކަށް ހުރެ ނުކުރެވޭނެއެވެ. ރައީސުލްޖުމްހޫރިއްޔާ އެ މީހަކާ ޙަވާލު ކުރާ އެންމެހައި މަސްއޫލިއްޔަތުތައް އިޚްލާޞްތެރި ކަމާއި ތެދުވެރި ކަމާއެކު އަދާކުރާންވާނެ ކަމަށް އެ މާއްދާ ބުނެއެވެ. 

    ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާއި، އެހީތެރިވެ ދިނުމާއި، ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން، ސަރުކާރު ހިންގުމުގެ ހުރިހައި ދާއިރާ ތަކެއްގައި ވެސް އެ ސިޔާސަތުތައް ތަންފީޒުކޮށް، ހިނގާ ނުހިނގާ ގޮތް ބެލުމަކީ ވަޒީރު ކަމުގައި ހުންނަ މީހަކަށް ގާނޫނު އަސާސީ ލާޒިމު ކުރާ ކަންކަމެވެ. ދައުލަތް ހިންގުމުގެ ޢާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާއި އެހީތެރިވެ ދޭން ހުންނަ މީހާ ވާދަވެރި ރިޔާސީ ކެންޑިޑޭޓެއްގެ ސިޔާސަތު އެކަށައެޅުމުގައި ބައިވެރިވެ އެއްބާރުލުން ދިނުމަކީ އިހުލާސްތެރި ކަމެއް ތެދުވެރި ކަމެއް ނެތުމެވެ.

    ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި، އެ މަސައްކަތްތައް މުރާޖަޢާ ކުރުމާއި، ވިލަރެސް ކުރުމަކީ ވަޒީރުންގެ މަސްއޫލިއްޔަތެވެ. ވަޒީރެއްގެ ގޮތުން ސަރުކާރުގެ މަސައްކަތްތައް ހިންގުމާއި، އެ މަސައްކަތްތައް މުރާޖަޢާ ކުރުމާއި، ވިލަރެސް ކުރަން ޖެހޭ މީހާ އެހެން ވާދަވެރިއަކު ޕްރަމޯޓުކޮށް ތިމާ ބައިވެރިވާ ސަރުކާރުގެ ބަަލިފައި ހޯދާދީ ވާދަވެރިޔާއަށް ކަންފަހިކޮށް ދިނުމަކީ އަމިއްލަ ނަފްސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހަރަންކޯރުވުމެވެ. ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފުވުމެވެ. 

    ކޮންމެ ވަޒީރަކުމެ އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާއި ގުޅޭ ގޮތުން، އޮމާން ކަމާއެކު ކަންތައްތައް ހިންގުމަށް ސަރުކާރާއި ދައުލަތުގެ އެހެން ބާރުތަކާ މެދު ބާއްވާންޖެހޭ ގުޅުންތައް ބާއްވައި އެ ގުޅުންތައް ދެމެހެއްޓުން ވަޒީރުނަށް ގާނޫނު އަސާސީ ލާޒިމު ކުރެއެވެ. ކޮންމެ ވަޒީރަކުމެ އެ މީހެއްގެ މަސްއޫލިއްޔަތުގެ ދާއިރާއާއި ގުޅޭ ގޮތުން، އޮމާން ކަމާއެކު ކަންތައްތައް ހިންގުމަށް ގާނޫ އަސާސީ ބުނާއިރު ރައީސުލްޖުމްހޫރިއްޔާގެ ވާދަވެރިއަކަށް މަދަދާއި އެހީތެރިކަން ދިނުމަކީ ކަންކަން އޮމާންކޮށް ގެންދިޔުމަށް އިދިކީލިވުމެވެ.

    ޤައުމީ އަދި ބައިނަލްއަޤްވާމީ ކަންތައްތަކުގައި ސަރުކާރުގެ ސިޔާސަތު އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމާއި، ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި ކުރާންޖެހޭ ކަންކަން މުރާޖަޢާކޮށް ވިލަރެސް ކުރުމަކީ ވަޒީރުންނަށް އޮތް ޒިންމާއެވެ. ސިޔާސީ، އިގުތިސާދީ އަދި އިޖްތިމާއީގޮތުން ރައީސާއި ނޭންގާނި ވެގެން ވާދަކުރަން ނިކުންނަ މީހަކާއެކީ އޭނާގެ ގޮތް ކުރިއަށް ނެރެގެން އުޅުމަކީ ގާނޫނު އަސާސީއަށް ގޮންޖެހުމެވެ. 

    ޤާނޫނުގެ ވެރިކަން ޙިމާޔަތްކޮށް ކުރިއެރުވުމާއި ، ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ ޢާންމު ފައިދާ ރައްކާތެރި ކުރުމަށް މަސައްކަތް ކުރަން ވެސް ވަޒީރުންނަށް ގާނޫނު އަސާސީ ލާޒިމު ކުރެއެވެ.

    ސިޔާސީ ގޮތުން ރައީސާ ވާދަކުރާ ވާދަވެރިއަކަށް މަސައްކަތްކޮށް ދޭ ވަޒީރަކީ ވަޒީރެއް ނޫނެވެ. ވަޒީރުކަމުގެ ގާނޫނީ ސައްހަ ކަމެއް އެނާގެ ކިބައިގާ ނުހުންނާނެއެވެ.

    ނަހުލާއާއި ޑރ. ހުސައިނާއި ޑރ. މައުސޫމު ވިޔަސް ތަފާތެއް ނެތެވެ. އެ މީހަކު އަމިއްލައަށް ހުންނަންވީ ތަން ކަނޑައަޅާ ރޮނގު ދަމާލަން ޖެހެއެވެ. މާތް ﷲ ގަންދީ ކުރި ހުވާގެ މަތީގައި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިއެއްގެ ގޮތުގައި ދެމި ހުންނާނީތޯ ވާދަވެރިޔާގެ ފަހަތަށްޖެހި ރައީސާ ވާދަކޮށްލަން ނިކުންނާނީތޯ ނިންމަން ޖެހެއެވެ. ހެނދުނު ބޮޑުދޮނާ ތެދުވެ ޓައީ އަޅައިގެން ނިކުމެ ކެބިނެޓްގައި އިނދެފައި ރަސްމީ ގަނޑި ނިމުމުން ނިކުމެ ވާދަވެރި ކެންޑިޑޭޓް ކޮނޑަށް ލައިގެން ސަރުކާރަށް ފާޑުކިޔާ އިދިކީލި ވަނީތޯ ނިންމަން ޖެހެއެވެ.

    އިދިކޮޅަށް ކުޅެން ނިކުންނައިރު ލަދެއް ހަޔާތެއް ހުރިނަމަ ވަޒީރުން އަމިއްލައަށް ވަޒީރު ކަމުން އިސްތިއުފާ ދޭންޖެހެއެވެ. އިސްތިއުފާ ނުދީފި ނަމަ ވަކިވެސް ކުރަން ޖެހެއެވެ. މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެން ވެސް އެފަދަ މީހުން ކެބިނެޓުން ބޭރު ކުރަން ޖެހެއެވެ. ގާނޫނު އަސާީގެ 115 ވަނަ މާއްދާއިން ބާރު ލިބިގެން ރައީސް އުފައްދަވާފައިވާ ސިޔާސީ މަގާމު ތަކުގައި ތިބި އެންމެންނަށް ވެސް އޮތީ މިހުކުމެވެ. ސިއްޕެއެއް އަލީ ސާލިހެއް ހަނަފީއެއް ސްމިތެއް ޖެނިފާއެއް ކިޔާނެ ކަމެއް ނެތެވެ.

    ]]>
    Mon, 20 Mar 2023 20:04:00 +0500 ހީރަސް
    ކޯލިޝަން ބޯކިބަލާއި ރައީސުލްޖުމްހޫރިއްޔާ https://heerasnews.com/1153 https://heerasnews.com/1153 ބޯކިބާ އަޅަން އުޅޭއިރު ލިބުނު ތާކުން ލިބުނު އެއްޗެއް ލިބުނު ވަރަކަށް ހޯދަން ތިބެނީ ފޫގަޅާލާފައެވެ. އެކަނިމާ އެކަންޏަށް ބޯކިބަލެއް އަޅާލެވޭ ވަރުމީހުން ކަހާތަން ހިރުވާވެސް ނުލާ ބޯކިބާ އަޅައިގެން ބޭނުން ވަރަކަށް ކައި ބޭނުން މީހަކަށް ދީ ހުސްކޮށްލައެވެ. އެކަނި ހާލަށް ބޯކިބަލެއް ނޭޅޭ މީހުން އެ މީހަކަށް ލިބުނު އެއްޗެއް ހިފައިގެން ބޯކިބާ އެޅެން އޮތް ތަނަކަށް ގޮސް ބޯކިބާ އަޅައެވެ. ފުށާ ހަވާދާ މަހާ ލުބޮޔާ އުދުނު ޖަހާނެ ދަރާއި މަތި އަންދާނެ ނާއްޓަށް ދާންދެން ލިބުނު ގޮތަކަށް ހޯދައެވެ. އަޅަންޖެހޭ ބައިގެ ގިނަ މަދުމިނަށް ބަލާ އަޅާ ބޯކިބަލުގެ ސައިޒް ކަނޑައަޅައެވެ. ބޯކިބާ އަޅާ ނިމިގެން ބައިވެރިވުމުގެ މިންވަރަށް ބޯކިބާ ފޮތިފޮތި ކޮށްލައެވެ. އެންމެންހެން ލިބުނު ފޮތިކުޑަވެ އާހިރުގައި ތިބެނީ ތުންފިއްތައި ގެނެވެ.

    ރާއްޖޭގައި މަލްޓިޕާޓީ ޑިމޮކްރަސީއޭ މިކިޔާ ނިޒާމެއް އައިފަހުން ސަރުކާރަކީ އަނގަޔަށް މީރު ބޯކިބަލަކަށް ވެއްޖެއެވެ. ރާއްޖޭގައި 2008ގެ ގާނޫނު އަސާސީ އުފަން ކުރުވި ގާނޫނު އަސާސީގައި ސިޔާސީ ޕާޓީ ހަދާ ހިންގުމަކީ އަސާސީ ހައްގެކެވެ.  އެނޫން ވާހަކައެއް ސިޔާސީ ޕާޓީއާއި ބެހެގޮތުން ގާނޫނު އަސާސީއަކު ނުވެއެވެ. ވެރިކަން ހިންގުމަށް ޕާޓީ ނިޒާމަކީ އޮތް އެއްޗެއްކަން ރާއްޖޭގެ ގާނޫނު އަސާސީ ނުދަނެއެވެ.

    ގާނޫނު އަސާސީ ބުނަނީ ރާއްޖެއަކީ ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއް އޮންނަ ޔުނިޓަރީ ދައުލަތެއް ކަމަށެވެ. ދައުލަތުގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާކަމަށާއި ހިންގާ ބާރުގެ އެންމެ އިސް މީހަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ރައީސުލްޖުމްހޫރިއްޔާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ފަސް އަހަރު ދުވަހަށް ދެމީހަކު އިންތިހާބު ކުރަން ޖެހޭނެ ވާހަކަ ގާނޫނު އަސާސީ ބުނެއެވެ. ރިޔާސީ ޖޯޑަކަށް ވެރިކަން ލިބޭނީ ރިޔާސީ އިންތިހާބުގައި ވޯޓުދޭ މީހުންގެ ފަންސާސް އިންސައްތައަށް ވުރެ މަތިން ވޯޓު ހޯދައިގެން ކަމަށް ގާނޫނު އަސާސީ ބުނެއެވެ. 

    ރައީސް ސާލިހުގެ ފުރަތަމަ ކެބިނެޓް

    ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އާއްމު ރައްޔިތުންގެ ވޯޓު ބޭނުންވެއެވެ. ސިޔާސީ ޕާޓީ ހަދައިގެން ބައިބޮޑުކޮށްގެން އުޅެންޖެހެނީ އެހެން ވެގެންނެވެ. ސިޔާސީ ޕާޓީއަކަސް މާލޫދު ޕާޓީއަކަސް ބަނޑިޔާ ޕާޓީއަކަސް ހެވެވެ. ބޭނުންވަނީ އިންތިހާބުގައި ވޯޓު ހޯދުމެވެ. ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ތަރުތީބުވެގެން ހިންގާ ސިޔާސީ ޕާޓީތައް އުފައްދާ ގިނަ ބަޔަކު ޕާޓީގެ ކަންކަމުގައި ޝާމީލު ކުރުވާ ޕާޓީގެތެރެއިން މީހުނަށް ކަންފަހިކޮށްދެނީ ވެސް ދެވަނަ ބޭނުމަކު ނޫނެވެ.

    އާއްމު ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް މީހަކު ގެނެވޭވަރުގެ އެންމެ ޕާޓީއެއްވެސް އަދި ރާއްޖެއަކު ނެތެވެ. ކޮންމެވެސް އެހެން ބަޔައެއްގެ އެއްބާރުލުން ނުހޯދާ މީހަކަށް ވެރިކަމެއް ހޯދާ ދެވޭވަރުގެ ޕާޓީއެއްވެސް މީހަކުވެސް ނެތެވެ. އެހެން ނޫނަސް އެވަރުގެ ޕާޓީއެއްވެސް މީހަކުވެސް ހުންނާކަށް ނުޖެހެއެވެ. ދައުލަތާއި ސަރުކަރުގެ ވެރިޔަކަށް ހޮވާ މިހަކީ ވަކި މީހެއްގެ ނުވަތަ ވަކި ޕާޓީއެއްގެ މުށުގައި ތާށިވެ ހަމަ ގެއްލިފައިވާ މީހަކަށް ވާކަށް ނުޖެހެއެވެ. ރައްޔިތުންގެ އެކި ފަންތީގެ އެކި މީހުންނާއި ޕާޓީތަކާއި ޖަމްއިއްޔަތަކާއި ކްލަބްތަކާއި ގަބީލާތަކާއި އާއިލާތަކާއެކު ވެސް ކޯލިޝަން ހެދުމަކީ ގާނޫނު މަނާ ކުރާކަމެއް ނޫނެވެ. އަދި ދެރަކަމެއްވެސް ނޫނެވެ. ބޭނުން ވަނީ ރައްޔިތުންގެ ތާއީދާއި އިތުބާރެވެ. 

    ދެރަކަމަކީ ގާނޫނު އަސާސީ ނުދަންނަ މަފުހޫމަކަށް ބާރުދީގެން ގާނޫނުގެ ބާރު ކަނޑުވާލެވޭ ހިސާބަށް ކަންކަން ދިއުމެވެ. ޕާލަމެންޓަރީ ނިޒާމުގެ ސިފަތައް ރިޔާސީ ނިޒާމުގެ ތެރެއަށް ވައްދައިގެން ރައީސްގެ ގާނޫނީ އިހުތިސާސްތަކުގެ މައްޗަށް ޕާޓިތަކުގެ ނަމުގައި މީސްމީހުން އަތްގަދަ ކުރާން އުޅޭ އުޅުމެވެ. އެ ޖާގަ ތައްމިނަށް ހުޅުވިފައި އޮތުމެވެ. ސަރުކާރުން ލިބުނު ފޮތި ކުޑަވެ ތުން އަބުރާ އެނބުރުމެވެ.   

    ]]>
    Mon, 20 Mar 2023 17:53:28 +0500 ހީރަސް
    ސްޓެލްކޯ ލީޑަރޝިޕް ޓެރެއިނިންގ ނިމިއްޖެ https://heerasnews.com/1152 https://heerasnews.com/1152 އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ "ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ" ޓެރެއިނިންގ ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދީފިއެވެ.

    ބައިވެރިންނަށް ސެޓިފިކެޓް ހަވާލުކޮށްދެއްވާފައި ވަނީ، ސްޓެލްކޯގެ ޗެއާރމަން، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުހައްމަދު ދީދީ އާއި ބޯޑު މެމްބަރު އަހުމަދު ލަތީފްގެ އިތުރުން ބޯޑު މެމްބަރު މޭޖާރ ރިޓަޔާޑް ތޮލްހަތު ހަސަންއެވެ. މި ޕްރޮގްރާމް ހިންގީ އުކުޅަހު ކޮންވެންޝަން ސެންޓަރުގައއެވެ. 

    އަތޮޅުތެރޭ އިންޖީނުގެތައް ހިންގުމުގައި އެއްމެ އިސްކޮށް ހަރަކާތްތެރިވާ 31 ބޭފުޅަކު ބައިވެރިވެ ވަޑައިގެން މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓުގެ ހެޑް އޮފް ޑިޕާޓްމަންޓް ހުސެން ފަރުހާދު ވިދާޅުވި ގޮތުގައި މިފަދަ ޕްރޮގްރާމްތައް ރޭވިގެން ކުރިއަށް ދަނީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ދުރުވިސްނެވުމާއި މުވައްޒަފުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތުގެ ސަބަބުންނެވެ. ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގެންގުޅެންޖޭހޭ ހަރުދަނާ އަސާސްތައް އަބަދުވެސް ނެގެހެއްޓުމުގެ މުހިއްމުކަމާއި އެކަމުގެ ހުނަރުތަށް ދަސްކޮށްދިނުމަށް ދެއްވާ ސަމާލުކަމުން ކަމަށެވެ.

    އުކުޅަހުގައި ސްޓެލްކޯއިން ހިންގި ޓްރެއިނިންގ އަކީ ވަރަށް މުހިއްމު ޓްރެއިނިންގއެއް ކަމަށާއި ސްޓެލްކޯއިން މީހުން ބިނާ ކުރުމަށް އިސްކަންދީގެން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ. 

    ]]>
    Mon, 20 Mar 2023 17:01:33 +0500 ހީރަސް
    މެނޭޖަރުން ވާންޖެހޭނީ ނަމޫނާ ބަޔަކަށް: ސްޓެލްކޯ ޝަރީފް https://heerasnews.com/1151 https://heerasnews.com/1151 ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ އަތޮޅުތެރޭގެ އިންޖީނުގެތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން އއ. އުކުޅަހުގައި ދެ ދުވަހުގެ މުއްދަތަށް ސްޓެލްކޯއިން ކުރިއަށް ގެންދިޔަ "ލީޑަރޝިޕް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ" ޓެރެއިނިންގ ނިންމުމުގެ ރަސްމިއްޔާތުގައެވެ. 

    އެމްޑީ ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ސްޓެލްކޯ މެނޭޖަރުން ލީޑު ކުރަންވަންޖެހޭނެއެވެ. އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. 

    އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ މީހުން ބިނާ ކުރުމުގެ ޕޮލިސީގެ ތެރެއިން ކޮންމެވެސް ވަރެއްގެ ހިއްސާއެއް މިފަދަ ޓްރެއިނިންގތައް ހިންގައިގެން ސްޓެލްކޯއަށް އެބަ އަދާ ކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވާހެން އެންމެ ބޮޑު އެއް ރައުސުލްމާލަކީ ލިބިފައިވާ މީހުންކަމަށާއި މީހުން ބިނާކޮށްގެން މެނުވީ ކުރިއަށް ނުދާނެކަމަށް ޝަރީފް ވެސް ވިދާޅުވިއެވެ. 

    ސްޓެލްކޯގެ ލީޑާރޝިޕްގައި ތިބޭ ފަރާތްތަކަކީ މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި މިފަދަ ޓެރެއިނިންގ ތަކުގެ ބޭނުމަކީ، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ވަކިކަމެއް ވަކިގޮތަކަށް ކުރަން ދަސްކޮށްދޭ ދިނުން އެކަނި ނޫން ކަމަށާއި، އެ ރަށެއްގެ މާހައުލަކަށްފެތޭ ގޮތަށް ސިކުނޑިއާއި ލޯ ހުޅުވާލަދީ ކަންކަމަށް މަގުފަހިކޮށް ދިމާވާ ކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ ޓޫލްސްތަކެއް ދަސްކޮށް ދިނުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ. 

    ހަމައެހެންމެ ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށް ވިދާޅުވަމުން ޝަރީފް ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ ކަމަށާއި އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ ކަމަށެވެ.

    •  މީގެ އިތުރުން، ޓެކްނިކަލް އިންޗާޖުންނާއި، ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮއްނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން، ހިންގުމަށް ރާވަމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ މި އަހަރުތެރޭގައި އެ ޓްރެއިނިންތައްވެސް ހިންގިގެން ދާނެ ކަމަށް.

    ]]>
    Mon, 20 Mar 2023 16:46:39 +0500 ހީރަސް
    އިކުއެޑޯއަށް އައި ބިންހެލުމެއްގައި 15 މީހުން މަރުވެއްޖެ https://heerasnews.com/1150 https://heerasnews.com/1150 އިކުއެޑޯގެ ދެކުނު އައްސޭރިފަށަށް 6.7 މެގްނިޓިއުޑްގެ ބިންހެލުމެއް އައުމާ ގުޅިގެން 400 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ މަދުވެގެން 15 މީހަކު ވަނީ މަރުވެފައެވެ.

    ރާއްޖެއަށް މިއަދު މެންދުރެއް ހާއިރު އިކުއިޑޯއަށް އައި ބިންހެލުމާ ގުޅިގެން އެތާނގެ ގިނަ ބިނާތަކަކަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ ދެކުނުގެ އެލް އޮރޯ ޕްރޮވިންސަށެވެ. އެތަނުގައި 12 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

    ބިންހެލުން އިހުސާސް ކުރި ޕެރޫގެ އުތުރުގެ ބޯޑަރު ޑިސްޓްރިކްޓެއް ކަމަށްވާ ޓޫމްބޭސްގައި 14 އަހަރުގެ އަންހެން ކުއްޖަކު އޭނާ އުޅޭގެ ވެއްޓިގެން މަރުވެފައިވެއެވެ.

    އިކުއެޑޯގައި އިމާރާތްތަކަށާއި ކާރުތަކަށް ގެއްލުން ލިބުނު ތަންތަނުގެ ތެރޭގައި މަޗަލާ އާއި ކުއެންކާ ހިމެނެއެވެ. ކުއްލި ހާލަތުގެ ހިދުމަތްތަކުން އަވަސްވެގަތީ ޝިކާރައަކަށް ވެފައިވާ މީހުންނަށް އެހީތެރިވެދިނުމަށެވެ.

    މި ބިންހެލުމުގެ މަރުކަޒުވެފައި އޮތީ ގާތްގަނޑަކަށް ތިން މިލިއަން މީހުންގެ އާބާދީއެއް އޮންނަ އިކުއެޑޯގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ގުއަޔަކިލް އާއި ގާތްގަނޑަކަށް 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ ބަލާއޯއާ ކައިރީގައެވެ.

    އިކުއިޑޯގެ ރައީސް ގިލަރމޯ ލާސޯ ވަނީ އިކުއެޑޯގެ ރައްޔިތުންނަށް ލިބުނު ގެއްލުންތައް އޮފިޝަލުން ތަހުލީލު ކުރަމުންދާއިރު ހަމަޖެހިލައިގެން ތިބުމަށް ނަސޭހަތްތެރިވެފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޕަސާޖޭގެ އެލް އޮރޯ އަވަށުގައި ޒަހަމްވި 250 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް ފަހު ހުރިހާ އެންމެންހެން ވަނީ ދޫކޮށްލާފައެވެ.

    ބިންހެލުމުގެ ސަބަބުން އެތައް މަގުތަކެއް ބަންދުވެފައިވާއިރު، ބައެއް ގެތަކާއި ތައުލީމީ ވަސީލަތްތަކާއި ސިއްހީ މަރުކަޒުތައް ވަނީ ހަލާކުވެފައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

    މަނާބީ އާއި މަންޓާ އަދި ވެރިރަށް ކިޓޯ ފަދަ އެހެން ބައެއް ތަންތަނަށް ވެސް ބިންހެލުން އިހުސާސް ކުރެވިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

    މި ބިން ހެލުމަކީ  2016 ވަނަ އަހަރު ގާތްގަނޑަކަށް 700 މީހުން މަރުވެ އެތައް ހާސް ބަޔަކު ޒަހަމްވި ބިންހެލުމަށް ފަހު އިކުއެޑޯއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

    ]]>
    Sun, 19 Mar 2023 17:50:52 +0500 ހީރަސް
    ތިންއިރުކާ ބޭހެއްހެން ދިނަސް ވައްޑެއަށް ލައްވައެއް ނުލާނެ! https://heerasnews.com/1149 https://heerasnews.com/1149 ދެއިރުކާ ބޭހެއް ކީއްކުރަން ހެއްޔެވެ. ތިން އިރު ކާބޭހެއްހެން ގައުމީ އިނާމު ދިނަސް ވައްޑެއަށް ލައްވާލާނީއެއް ނޫނެވެ. އެހެން ވީމާ ގައުމީ އިނާމު ދޭތީ ހަސަދަވެރި ވާނެއެވެ. އަނގަދިޔާ ކުރުމުން ގައުމީ އިނާމް ދިނަސް އެއްވެސް ލިބޭނީ އެއް ނޫނެވެ.

    ގައުމީ ހިދުމަތުގައި ދިވެހިން އެކި ރޮނގު ރޮނގުން މިންނަތް މަސައްކަތް ކުރާތާ ކިތަންމެ ޒަމާނެކެވެ. އެ މީހުންގެ ހިދުމަތުގެ އަގުވަޒަން ކުރާ ސަރުކާރެއް މި ނޫނީވިއްޔާ މި ގައުމު ދެކިފައެއް ނުވެއެވެ. ގައުމީ އިނާމުގެ ސަބަބުން އިހުނަށް ވުރެ ގިނަ މީހުން އިހުނަށް ވިރެ ގިނަ މަސައްކަތް ގައުމަށްޓަކައި އެބަ ކުރެއެވެ.

    މީހަކަށް އެއްޗެއް ލިބެދާނެތީ ވައްޑެމެން މިހުންނަނީ ހާދަވަރެކެވެ. އަރަނީ މާގަދަ ރުޅިއެކެވެ. ތިމާގައިގާ ގައުމަށް ހިދުމަތެއް ކޮށްދޭނެ ފަންނެއް ހުނަރެއް ހިތްވަރެއް ނެތުމަކީ އެހެން މީހަކު ގައުމަށް ކޮށްދޭ ހިދުމަތެއްގެ އަގުވަޒަން ކުރުރުމަށް ހުރަސް އަޅަންޖެހޭ ކަމެއް ނޫނެވެ.

    ރައީސް ސާލިހު ސަރުކާރުން ކުރާ ރަނގަޅު އެއްވެސް ކަމެއް ނެތްކަން ދައްކަން އެހެން މީހުނަށް ލީބޭ ޝަރަފާއި އިއްޒަތަށް ހުރަސް އަޅާނީ ހާދަހާވާ ގޮތްކުޑަ ވީމައެވެ. އުޑެއް ބުޑެއް އެނގޭ މީހަކު ނަމަ ތިޔަ ފާޑަކަށް މީހުނާ ޖެހިގަނެގެނެއް ނޫޅޭނެއެވެ.

    ގައުމިއްޔަތެއް ނެތް ފިކުރެއް ދިރުވަން އުޅޭ ބައިގަނޑަކަށް ގައުމިއްޔަތު ވާހަކަ ދައްކާކަށް ނޭނގޭނެއެވެ. ގައުމީ ހިދުމަތްތެރިއެއް ވެސް ދޭ ހިދުމަތެއް ވެސް ވަތްކެއް ނުވާނެއެވެ. ހިދުމަތުގެ އަގެއްވެސް ވަޒަނެއް ނުކުރެވޭނެއެވެ.

    ގައުމުގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ބޮޑުގުޅަކުރާ ބައިގަނޑަކަށް ވާނީ ކޮން ހަމަ ބުއްދިއެއް ހެއްޔެވެ. ރައީސް ނަޝީދު ބޮޑުގުޅަކޮށް ގަންހިންގާ އެކަހެރި ކުރަނީ މި ބައިގަނޑެވެ. މާ ހެޔޮއެދޭ ބަޔަކު ކަމުގައި ހެދިގެން ރައީސް ނަޝީދު އަގު ވަޒަންވިޔަ ނުދީ ހެއްދެވިހާ ޅައިހަލަކުން ޅައެއްޗެތި އަޅުވަމުން އެ މަނިކުފާނުގެ އަގު ވައްޓާލަނީ މި ބައިގަނޑެވެ. އަޅެފަހެ އަގުވަޒަން ކުރެވޭ ފަދަ ކަމެއް ކޮށްދެވިފައިވާ ކަމަށް ވައްޑެއަށް ހީވާނަމަ މުއްދަތު ހަމަވުމުގެ ކުރިން އަވަހަށް ގައުމީ އިނާމަށް ނަން ހުށަހަޅާށެވެ. 

    ]]>
    Sun, 19 Mar 2023 14:38:50 +0500 ހީރަސް
    މާގަނޑުކޮޕީ: އެއްވަނައިގެ ކާނާއެއް! ނުކައެއް ނުވާނެ! https://heerasnews.com/1148 https://heerasnews.com/1148 ކޮލިފްލާވަރ ނުވަތަ މާގަނޑުކޮޕީ އަކީ ސިއްހީގޮތުން ގިނަގުނަ ފައިދާ އެކުލެވޭ ބާވަތެކެވެ. ދިވެހިންގެ އާއްމު ކެއުމާ އެހާ ރައްޓެހި ބާވަތެއް ނޫނެވެ. ރައްޓެހިނޫނަސް ބޭނުން ނުކޮށް ދޫކޮށްލާ ވަރަށްވުރެ ބޭނުންތެރި ބާވަތެކެވެ. ކޮލިފްލާވަރއަކީ އިންސާނާ އާއްމުކޮށް ބޭނުންކުރަންޖެހޭ ކަން ސައިންސް އަލީގައި ކަށަވަރުވެފައިވާ ފައިދާހުރި ކާނާއެކެވެ. 

    މާގަނޑުކޮޕީގައި އެތައް ބާވަތެއްގެ އެންޓިއޮކްސިޑެންޓް ހިމެނެއެވެ. އެންޓިއޮކްސިޑެންޓް މާއްދާތަކުގެ ސަބަބުން ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވާ އެންޒައިމްތައް ހީވާގިކޮށް ހަރަކާތްތެރި ކުރުވައެވެ. މާގަނޑު ކޮޕީގައި ދުޅަތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ލިބިފައިވާ ވިޓަމިން ކޭ ހުރެއެވެ. ގަވާއިދުން މާގަނޑުކޮޕީ ކެއުމުން ލޭހިގުން ރަގަޅުކޮށްދެއެވެ. ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ޖަމާވުމަށް ހުރަސްއަޅައެވެ. ނަތީޖާއެއްގެ ގޮތުން ލޭހޮޅިތައް ހަރުވުމުން ދުރުކޮށް ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.

    މާގަނޑު ކޮޕީގައި ހިމެނޭ އިންޑޯލްސް ގެ ސަބަބުން ސަރުބީގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ، ހިތުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. ގަނޑުލޭކޮޅުތައް އުފެއްދުން ހުއްޓުވާ ބާރުގެ ސަބަބުން ހިތުގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ. މާގަނޑު ކޮޕީގައި އޮމެގާ-3-ފެޓީ އެސިޑް ހުރުމުންވެސް ހިތުގެ ދުޅަހެޔޮކަން ހިފެހެއްޓުމަށް ވާގިވެރިވެއެވެ.

    މާގަނޑު ކޮޕީ އަކީ ފައިބަރުގެ ރަގަޅު ބަހާއެކެވެ. ފައިބަރަކީ ހަޖަމު ރަގަޅުކޮށްދީ ވިހަ މާއްދާތައް ބަނޑާއި ގޮހޮރުން ބޭރުކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މާގަނޑު ކޮޕީގައި ހުންނަ މާއްދާތަކެއް އެހީގައި ބަނޑުގެ ބަތާނަ ފަށުގައި ހެލިކޮބެކްޓަރ ޕައިލޮރި ކިޔާ ޖަރާސީމެއް އަށަގަތުމަށް ހުރަސްއަޅައެވެ. ހަމައެހެންމެ  ބަނޑާއި ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

    މާގަނޑު ކޮޕީން ލަގޮނޑިއާއި ވައިނޮޅިއާއި ވައިނޮޅީގެ ކަފި އަދި ފުއްޕާމެޔަށް ޖެހޭ ބައްޔެއް ކަމުގައިވާ "ޕެޕިލޯމާ ވައިރަސް" ޖެހުމުން ދުރުކޮށްދޭ އެއްޗަކަށް މާގަނޑުކޮޕީވެއެވެ. މާގަނޑު ކޮޕީ އާއި އެއާއިލާގެ ތަރުކާރީގެ ބާވަތްތައް ބޭނުން ކުރުމަކީ ރެސްޕިރޭޓަރީ ޕެޕިލޮމެޓޯސިސް ގެ ނުރައްކާތެރިކަން ކުޑަކޮށްދޭނެ ކަމެކެވެ.

    މާގަނޑު ކޮޕީގައި އެކުލެވޭ ގުލޫކަސިނޮލޭޓް ބައިބައިވެގެން "އިންޑޯލް-3-ކާރބިނޯލް" އާއި "ސަލްފޮރަފޭން" އުފެދި ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. މާގަނޑު ކޮޕީ އާއި އެ އާއިލާގެ އެހެން ތަރުކާރީގެ ބާވަތްތައް ބޭނުން ކުރުމަކީ ފުއްޕާމޭގެ ކެންސަރާއި މަސާނާގެ ކެންސަރައި އުރަމަތީގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާއި ބިސް އުފައްދާ ތަނުގެ ކެންސަރައި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ސަލާމަތްވުމަށް އެހީތެރިވެއެވެ. މާގަނޑު ކޮޕީގައި ވިޓަމިން ސީ ހުރުމުން ހުޅުތަކާއި ކަށިތައް ރައްކާތެރިކޮށް ދޭއިރު ވިޓަމިން ކޭ ހުރުމުން ކަށިތައް ވަރުގަދަވެ ކުރުވައެވެ.

    އުމުރުން ދުވަސްވުމުން ލޮލަށް ދިމާވާ "މެކިޔުލަރ ހަލާކުވުން" ފަދަ މައްސަލަތަކުން މިންޖުވުމަށް އެހީތެރިވެދޭ ބާވަތަކަށްވެސް މާގަނޑު ކޮޕީވެއެވެ. ލޮލުގެ އަލިދުލި ހަލާކުވުން ހުއްޓުވައި، ލޯފުސްވުން ފަދަ ކަންކަމުން ރައްކާތެރިވެ ހުރުމަށް އެހީތެރިވެދެއެވެ.

    މާގަނޑު ކޮޕީ ބޭނުން ކުރުމަކީ ހަށިގަނޑުން ވިހަ ބޭރުކޮށް ސާފުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މާގަނޑު ކޮޕީގައި ހުންނަ އެންޒައިމްތައް ހަރަކާތްތެރި ކުރުވައި، އޭގެ މަސައްކަތްތައް ތަންޒީމު ކުރުމުގައި ބައިވެރިވެއެވެ. އިރުގެ ދޯދި ތަކުން ލިބޭ ގެއްލުމުން ހަމުގެ ފަށަލަ ރައްކާތެރި ކުރުމުގައި އެހީތެރިވެދެއެވެ. ހަމުގެ ކެންސަރުން ޖެހުމުގެ ފުރުސަތު ކުޑަކުރުވުމާއި ހަމުގެ ސެލްތައް ހަލާކުވިޔަ ނުދިނުމާއި އިރުގެ ދޯދިން ހަންގަނޑުން ފިހުނަ ނުދިނުން ފަދަ ކަންކަމަށް ކޮލިފްލާވަރ އެހީވެދެއެވެ.

    މާގަނޑު ކޮޕީގައި ހިމެނޭ އިންޑޯލް ތަކާއި ސަލްފޮރަފޭން ފަދަ މާއްދާތަކަކީ ނާރުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. މި މާއްދާ ތަކަކީ ވިހަބޭރުކުރާ އެންޒައިމްތައް ހަރަކާތްތެރިކޮށް، "ގުލޫޓެތިއޯން"ގެ މިންވަރު މަތިކޮށްގެން ނާރުތަކަށް ލިބޭ އަނިޔާ އަށް ފަރުވާކުރުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ. ތުރުތުރުއަޅާ ބައްޔާއި އަލްޒައިމާ ބަލިޖެހިފައިވާ މީހުންނަށް ކޮލިފްލާވަރގެ ބޭނުން ވަކީން ބޮޑެވެ. ސެލްތަކުގެ ބޭރު ފަށަލަ މަރާމާތު ކުރުމާއި ނާރުތަކުގެ ސެލްތަކުގެ މަސައްކަތަށް ވެސް ބޭނުންތެރިއެވެ.

    ޕޮޓޭސިއަމާއި ޕައިރިޑޮކްސިން މާގަނޑުކޮޕީގައި ހުރުމުން ސިކުނޑީގެ މަސައްކަތް ފުރިހަމަކުރުމަށް ވެސް އެހީތެރިވެދެއެވެ. ލޭގެ ޕްރެޝަރު ދަށްކުރުމާއި ސަރުބީ ދަށްކުރުމަކީ މާގަނޑު ކޮޕީގެ ރޯލެކެވެ. ލޭއާއި މުޅި ހަށިގަނޑުގައި ސަރުބީ އެކުލެވޭ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. ލޭގެ ޕްރެޝަރު ދަށްކޮށްދީ ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު މަތިކުރުމަށް ވެސް އެހީތެރިވެދޭ ބަވަތެކެވެ. ދިފާއީ ބާރުގަދަކޮށް ތަފާތު ބަލިތަކުން ދުރުވެ ހުރުމަށް އެހީތެރިވެދެއެވެ. ހަށިގަނޑު ފަލަވުމާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާ ތަކުގެ ސަބަބުން ހަށިގަނޑުން ސަރުބީ ވިރުވުމަށް ބާރުއަޅައިދީ އާދަޔާ ހިލާފަށް ހަށިގަނޑު ފަލަވެގެން ދިއުމަށް ހުރަސް އަޅައެވެ.

    މާގަނޑު ކޮޕީއަކީ މާބަނޑު ދުވަސްވަރު ބޭނުން ކުރަން ވެސް ރަގަޅު ފައިދާހުރި ބާވަތެކެވެ. މާގަނޑު ކޮޕީގައި ގިނަ އަދަދަކަށް ފޮލިކް އެސިޑް ހުންނާތީއެވެ. ފޮލިކް އެސިޑަކީ މާބަނޑު ދުވަސްވަރު ބަނޑުގައި އޮންނަ ތުއްތު ދަރިފުޅުގެ ހަށިގަނޑުގައި އައިބު އުފެދުމުން މިންޖުކޮށްދޭ މާއްދާއެކެވެ.

    މާގަނޑު ކޮޕީގައި ޕޮޓޭސިއަމް އަދި ވިޓަމިން ސީ ހުންނާތީ ހަކުރު ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. އަނެއްކޮޅުން މާގަނޑު ކޮޕީ ބޭނުން ކުރުމަކީ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކުރާ ކަމެކެވެ.

    ]]>
    Sat, 18 Mar 2023 20:41:16 +0500 ހީރަސް
    ތުރުކީގައި ފެންބޮޑުވެ 14 މީހަކު މަރު https://heerasnews.com/1147 https://heerasnews.com/1147

    ހުސްވި މަހު ތުރުކީއަށް އައި ބިންހެލުމުގައި ވީރާނާވެފައިވާ ހިސާބުގނަޑުގައި ފެންބޮޑުވެގެން 14 މީހަކު މަރުވެއްޖެއެވެ. އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ ސޫރިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަންލީއުރްފާ އަށެވެ. ފެންބޮޑުވެގެން މަރުވި މީހުންގެ ތެރެއިން ދެމީހުންނަކީ އަދީޔަމަން ދެ މީހުންނެވެ. 12 މީހުންނަކީ ސަންލީއުފްރާގައި ދިރިއުޅޭ މީހުންނެވެ. ބިންހެލުމުގައި ސަންލީއުރްފާގެ ގިނަ ގެތަކާއި އިމާރާތްތައް ވަނީ ވީރާނާވެފައެވެ. އެ ތާނގެ ގިނަ މީހުން ދިރިއުޅެނީ ޓެންޓުތަކާއި ކޮންޓެއިނަރުތަކުގައެވެ.


    ފެންބޮޑުވެގެން ގިނަ ބަޔަކު ފެންގަނޑާ އެކު ކޯރުތަކަށް ދަމައިގަނެފައިވާ ކަމަށްވެއެވެ. ކުރިއަށް އޮތް ހަފުތާގައި ވެސް އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އެ ތާނގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. 

    މަރުވެފައިވާ މީހުންގެތެރޭގައި އެއް އަހަރުގެ ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. އަނެއްކޮޅުން އެތަނުން ފަސް މީހުން ގެއްލިގެ އެ މީހުން ހޯދުމަށް ކަމާބެހޭ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

    ]]>
    Sat, 18 Mar 2023 19:09:55 +0500 ހީރަސް
    ގައްސާނަށް: ޔާމީނަށް ވެރިކަމަށްވުރެ ހައްގީ ޖަލު https://heerasnews.com/1146 https://heerasnews.com/1146 ސިޔާސީ ގޮތުން ގައްސާނަކީ ބުރަދަނެއް ހުރި މީހެއް ނަމަ އެއްވާނަކަށް މީހުން ދެއްކީހީ ގައްސާނުގެ ވާހަކައެވެ. ގައްސާނަކީ އުޅޭ މީހެއްކަން ވެސް ދެނަހުރި މީހަކު ނެތެވެ. މީހުންގެ ސަމާލުކަން ހޯދަން ދޭތެރެއަކުން ޓްވީޓެއް ކޮށްލައިގެން ނޫސްތަކުގެ ސުރުހީއަށް ނަން އަރާތޯ އަތްގުޅި ނުކާވަރުގެ ވާހަކަ ގައްސާނެއް ކަމަކު ނުދައްކާށެވެ. 

    ޔާމީނު ވެރިކަމަށް ނުގެނެވިގެން ދިވެހިންގެ ގިނަ ބަޔަކު ނޫޅެއެވެ. އެ އަނިޔާވެރިކަމާއި ފަސާދައާއި ވައްކަމުގެ ފަސް އަހަރަށް އެނބުރި ދާކަށް ދިވެހިންނެއް ނޫޅެއެވެ. ޔާމީނު ވެރިކަމުގައި ކުރިއްޔާ ކުރިކަމެއް ކުރީ އަދީބު ކަމަށް ބުނެ ވާހަކަ ދައްކަނީ ވެސް ބަޅުރުކު މީހުންނެވެ. ވެރިކަން ކުރިއިރު ޔާމިނުގެ ކަމަކަށް ވެފައި އޮތީ ވައްކަންކޮށްގެން އަދީބުމެން ގެނެސްދިން ފައިސާ ފައްލައުކުރި ކޮޓަރީ ދޮރުމަތީން ނުތެދުވެ ފޯރިއަށް ތާސްކުޅެން ރުބެލްއާއެކު އިނުމެވެ.

    ގައްސާނު ތިޔަ ބުނާ ތަރައްގީގެ ހަރުދުވެއްޔަކީ ބުރިޖުގެ ހަލޭނުން ދެލޭނު ފެންފޮދަކާ ނުލާ ދިރުވާލެއްވި ދުވެއްޔެވެ. ދަރުމަވަންތަ ދެޓަވަރުން އެއްޓަވަރު ހެންވޭރު ދޫވެހީގައި ޖެހި ދުވެއްޔެވެ. ލީޒްކުރި ކޮންމެ ރަށަކުން މިލިޔަނުން ޑޮލަރ އަމިއްލަ އެކައުންޓަށް ކަހާލި ދުވެއްޔެވެ. މުޅި ގައުމުގައި ހުރިއްޔާ ހުރި ތަރިކައެއް އޮބިއަޅާ ފެލާލައިގެން ފައިކޭޓަށް މަހާލާ ބިޔަބޮޑެތި ލޯނުނަގާ އޭގެން ބޮޑުބައި ދިރުވާލާ އަންނަ އޮތް ޖީލުތަކަށް ވެސް ދައުލަތް ނުހިންގޭ ވަރަށް ދަރަނިވެރި ކުރުވާ ދަރަންޏާނުލާ ދިރިނުތިބެވޭ ވަރުކޮށްލި ދުވެއްޔެވެ. ކޮއްކޯފުޅުގެ ބިސްވަޅަކަށް ނަސަންދުރަ ހިބަކޮށްދިން ދުވެއްޔެވެ. 

    ސްޕްރީމް ކޯޓުން ޓިނު ނަގާ ފަނޑިޔާރުން ބަނޑު ބިންމަތީ ދެންމި ދުވެއްޔެވެ. އަތުންލަވާ ކާންދީ ބާރު ހޯދާދިން ތުއްތޮންބެޔާއި ސިޔާސީ ވާދަވެރިން ޖަލުގެ ތޭރިތަކުގެ ފަހަތަށް ފޮނުވާލި ދުވެއްޔެވެ. ނެތް ކުއްލި ހާލަތު އުފަން ކުރުވައިގެން ރައްޔިތުންނަށް ގޮއްމުށް ހިންގި ދުވެއްޔެވެ. ނޫސްވެރިކަމާއި ނޫސްވެރިން ބަންދުކޮށް މިލިޔަނުން ޖުރުމަނާ ކުރި ދުވެއްޔެވެ. ޑްރަގާއި މާރަމާރީއާއި އެކު ގޭންގްތައް ބާރުވެރިކުރުވި ދުވެއްޔެވެ. ބެގް ބޮރޯ ސްޓީލް ގެ ދުވެއްޔެވެ. 

    ގިނަ ރައްޔިތުން އެދެނީ ޔާމީނު އަނބުރާ ވެރިކަމަށް އައުމަކަށް ނޫނެވެ. ރައްޔިތުން އެދެނީ ދައުލަތުން ޔާމީނު ދަވާލިހާ ފައިސާ އަނބުރާ ދައުލަތަށް ދައްކާށެވެ. ރައްޔިތުން އެދެނީ ހައްގަކާނުލާ މީހުނަށް ދިން އަނިޔާގެ ހައްގު އަދަބު ޔާމީނަށް ލިބޭށެވެ. ރައްޔިތުން ބުނަނީ ޔާމީނާއި އޭނާގެ އައުވާނުން ވެރިކަމާ ގާތް ނުކުރާށެވެ. 

    ރިޔާސީ ދާންކޮޅުގެ މައްޗަށް އުފަންކޮށް ރަން އިލޮށިން ކަދުރުކާންދީ ބަލާ ބޮޑު ކުރި އުފަން ބައްޕާފުޅު އަބަ ހައްދުވީ ދުވަހު ހައްގަކާ ނުލާ ހުރަގޭ ތޭރިތަކުގެ ބިއްދޮށަށް ވައްޓާލާފައި އޮތް އިރު ހިތްނެތް ހިމާރެއް ފަދަ ދަރިއަކަށް އެހެން މީހުންގެ ހާލަތެއް އެ މީހުން އެދޭގޮތެއް ނޭގޭނެއެވެ. 

    ]]>
    Sat, 18 Mar 2023 11:25:16 +0500 ހީރަސް
    ހުޅުމާލެ 2ވަނަ ފިޔަވަހީގައި އެސްޓީއޯ މާރޓެއް https://heerasnews.com/1145 https://heerasnews.com/1145 ހޯލްސޭލް އަދި ރީޓެއިލް ހިދުމަތް ލިބޭ އެސްޓީއޯ ރޯދަ މާރޓް ހުޅުމާލެ 2 ވަނަ ފޭހުގައި ހުޅުވައފިއެވެ. އެސްޓީއޯ ރޯދަ މާރޓް ހުޅުވާދެއްވީ އެސްޓީއޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ ހުސެން އަމްރު މުހައްމަދު ރަޝާދު އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ.

    ރޯދަ މާޓް ހުޅުވުމުގެ ބޭނުމަކީ އެސްޓީއޯ ގެ މުދާ ރަނގަޅު ހެޔޮ އަގެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށް ދިނުމެވެ. އެސްޓީއޯއިން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ މުދާ ގަންނަން ލިބުމުގެ އިތުރަށް މާރޓުން ރެކް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާ ފަރާތްތަކުން ވިއްކާ މުދާ ވެސް ރޯދަ މާޓުން ލިބޭނެއެވެ. ރޯދަމަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އެތެރެކުރާ ފިޔާ، އަލުވި، އަދި ބިސް ރޯދަ މާޓުން ލިބޭނެއެވެ.

    އެސްޓީއޯ ރޯދަ މާރޓް ހުންނަނީ ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ފްލެޓް-9 ގައެވެ. ރޯދަ މާރޓް ހުޅުވުމާއި ގުޅިގެން ގެވެހި ސާމާނަށް ހާއްްސަކޮށްގެން ވިޔާފާރީގެ ހާއްސަ އޮފަރއެއް 22 މާރޗްގެ ނިޔަލަށް އެސްޓީއޯއިން ދަނީ ކުރިއަށް ގެންދަމުންނެވެ.

    ]]>
    Sat, 18 Mar 2023 10:17:33 +0500 ހީރަސް
    ކޯލިޝަނުން ގާސިމަށް ނުލިބުނީ ވެރިކަން https://heerasnews.com/1144 https://heerasnews.com/1144 ވެރިކަން ހިންގާ ކޯލިޝަނުން ލިބުނު ބައިވަރު މަދުވެގެން މޫނު ކުނި ކުރަނީ ގާސިމަށް ކޮން އެއްޗެއް ނުލިބިގެން ހެއްޔެވެ. ކޯލިޝަނުގައި އެޅިބައި ކުޑަވެ މުޅި ސަރުކަރުކާރު އެއްކޮށް ހަޖަމުކޮށްލަން ފުންމައިގަތުމަކުން ހައިރާނެއް ނުވެއެވެ. ޖުމްހޫރީ ވިލާ ޕްރައިވެޓް ލިމިޓެޑްގެ ވިޔަފާރި ދަނޑު ބިމަކީ ސަރުކާރުކަން އޮޅިގެން އެކަކުވެސް އެބައުޅޭހެއްޔެވެ. 

    ކިރިޔާވެސް ހަމައެއް ލަމައެއް ގަބޫލުކޮށް ރައްޔިތަކަށް ހެވެއް އެދޭނަމަ ލިބުނު ބައިކުޑަވެ އަނގަ ހުޅުވަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ. އިބޫ ސަރުކާރުގައި ގާސިމްގެ މަސްލަހަތު ހުރި ހުރިހާ ވުޒާރާއެއް އޮތީ ގާސިމުގެ އުނގުތެރޭގައެވެ. ވަޔާ ކަނޑާ އެއްގަމުގެ ދަތުރު ފަތުރާ ގުޅޭ ހުރިހާ ކަމެއް އޮތީ ނިދާ ތަންމަތީގައެވެ. ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުފަޅުގެ މުއްސަދިކަމުގެ ހުރިހާ ކަމެއްހެން އޮތީ ގާސިމުގެ މުށުގައެވެ. ހަކަތައާއި އައިޓީއާއި މުއާސަލާތާއި ސިއްހަތަށް ދާންދެން އެތައް ދުވަހެއް ވަންދެން ހަދާނެ އެއްޗެއް ހަދަން އޮތީ ގާސިމުގެ ފައިކޭޓުގައެވެ. އެކަމަކު ވެސް އެއްޗެއް ލިބުނު ކަމަކަށް ނުވެއެވެ. ކޯލިޝަނުން ގާސިމަށް ނުލިބުނިއްޔާ ނުލިބުނީ ވެރިކަމެވެ.

    ރައީސް ސޯލިހު ސަރުކާރު ހިންގުމުގައި ޖުމްހޫރުން ބައިވެރި ކުރިކަމަށް ވަނީ ކިހާވަރެއް ކުރީމަހެއްޔެވެ. އަލީ ވަހީދާއި ކުޑަ އަމީނުމެން ސަރުކާރު ބަދުނާމު ވާވަރުގެ ބޮޑެތި ޖަރީމާ ހިންގީ ކޮންތާކުން ކެބިނެޓަށް ފޮނުވާފައި ތިބެގެން ހެއްޔެވެ. ޓްރަންސްޕޯޓާއި ޓޫރިޒަމާއި ފިޝަރީޒް ގައި މިއަދުވެސް ތިބީ ކާކު ފޮނުވި ބައެއް ހެއްޔެވެ. އެމްޓީސީސީއާއި އެމްޑަބްލިޔުއެސްސީ ފަދަ ކުންފުނިތަކުގައި އެމްޑީންނަށް އެތިބީ ކޮންތާކުން އައި ބައެއް ހެއްޔެވެ. ހަނަފީއާއި އަލީ ސާލިހާ އިކްރާމާ ވަލީދާޔާ އެހެން ގޮސް ނަން ހުސްކޮށް ސިޔާސީ އިސްސަފުގައި ޖުމްހޫރީގެ ކިތައް މީހުން ތިބިކަން ގާސިމު ހަދާނެއް ނެތެވެ. 

    ޖުމްހޫރުންނަށް ސަރުކާރުގެ ބާރުހުރި މަގާމުތައް ދީގެން އެންމެ ބޮޑަށް ބަނޑު ކެއްކީ ނަޝީދެވެ. ގާސިމުގެ މަސްލަހަތު ސަރުކާރުގައި ބޮޑުވެގެން މުޅި ދައުލަތް ހިންގަން އެންމެ ދުއްޕާންކޮށް އިދިކޮޅަށްވުރެ އިދިކޮޅުވީ ނަޝީދެވެ. އެމްޑީޕީ ސަރުކާރަށް އެމްޑީޕީގެ ރައީސް ނަޝީދު ގެއްލުނީވެސް ގާސިމާ ހެދިއެވެ. އެކަމަކު މިއަދު ގާސިމަށް ނަޝީދު ޖަވާހިރަށްވެ ތިމާމެނަށްޓަކާ ކޯލިޝަން ދަމަހައްޓައިދީ ކެތްތެރިކަމާ އޯގާތެރި ކަމާއެކު ހިތްވަރުކޮށް ދިފާއުކޮށްދިން އިބޫއަށް ދޭން ގާސިމަށް ލިބުނީ ތެޔޮ ހަމެކެވެ. ލަދެއް ހަޔާތެއް ހުރި މީހަކަށް ގާސިމް ނުވިއެވެ. 

    ވަކި ނުވެވޭ ވަރަށް އެކުނުވެ، އެކުނުވެވޭ ވަރަށް ވަކިނުވެ ކަލާސީންނަށް ނައު ބާނުވާ ފަލްސަފާގައި އަބަދަކު ނުހުރެވޭނެއެވެ. ލުނބޯ ހުތްކިބައަކުން ހުތްފެލާހެން މީހަކު ނުފެލިޔަސް މަތީގަނޑިން ޖެހީމާ ލަހެއް ފަހެއްނުވާނެވެ. ހަސްނެތި ބިކަވެ އަސައެއް ހިފައިގެން މިސްކިތު ދާލައިގައި އިންނާނީކީ ޖީޓީ އެކަންޏެއް ނޫނެވެ.

    ]]>
    Fri, 17 Mar 2023 17:32:45 +0500 ހީރަސް
    ދިވެހިން ބޮޑުސޭޓާއި ބޮޑުވަޒީރު ދަސްކޮށްފި! https://heerasnews.com/1143 https://heerasnews.com/1143 ގާސިމާ މަނިއްގަނޑާއެވެ. ފިކުރެއްގެ ދިރުމަށް ފަންސާހަކަށް ހާސް މީހުން ސޮއިކޮށްފިޔޭ ކިޔައިގެން ބަޔަކު އަޑު އަރުވާތީ ތިޔަހުރީ ވަރެއްވެފާތާއެވެ. އެ ފިކުރަކަށް ފަންސާހަކަށް ހާސް މީހުން ވީނަމަ ވެރިކާމާ ބޫތުކައިގެން ފަޔަށް ހިނިއަރާއިގެން އުޅޭ މީހަކު އަމިއްލައަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކޮށް ހުންނާނެ ހެއްޔެވެ. ނުހުންނާނެއެވެ. އެވަރު މީހެއްގެ އަވަގައިޖެހި ޅޮސްއުނދޯއްޔަކަށް އެރޭނީ ތިޔަހާކަށް ވަރަށެވެ.

    ކަނދުފައްޗެއްގައި މަސްއަޅާހެން ރިޔާސީ އިންތިހާބު ބޯމަތި ވީމާ އަންނަ ނާންނަތަނެއް ނޭނގި ކޮންމެ ފަހަރަކު ޖުމްހޫރީ ޖަގަހަ ފުރާލާނޫން ހެއްޔެވެ. އުކާ އެމަށް ހިލަވަޅުވެ ތިލަވެ ކައިފުރައިގެން ކޮންމެ ފަހަރަކު އައިން ދަނީ އަޑިއަށެވެ. ރޯގިލަކަންފުޅެއް ނުވެއެވެ. 

    ރަންކޮޅާއެވެ. އަމްދުން މި ފަހަރު ތިޔަ ޖެހެނީ މާ ވަރުގަދަ ދަންތުރައެއްގައެވެ. އިއްޔެ ގޯސްވެގެން އުޅުނު އެންމެންނަށް ހިތް ހަލާލޭ ގޮވަމުން ވަކި މީހަކު ނެތިއްޔާ ވަކިތަނެއް ނޯންނާނެޔޭ ބުންޏަސް ދުނިޔޭގެ ސުންނަތަކީ އެއީ އެއް ނޫނެވެ. ގާސިމް ނެތިއްޔާ ޖުމްހޫރީ ޕާޓީއާއި ވިލާ ގްރޫޕް ނޯވެދާނެއެވެ. ޔާމީނުގެ ވެރިކަމުގައި ޅިސް ގޮވަންދެން ކައިފުރައިގެން ސަލާމަތް ހޯދަން ބަނޑު ދަށަށް ވަދެތިބި އައްޓަމަސްތައް ކައިފުރައިގެން ނިކުމެ އަނެއްކާވެސް އައިތަނަށް ގޮސް އުނބަށް ޖަހަފާނެއެވެ. 

    ނަޝީދު އަތުން އެމްޑީޕީ ޖަހައިގަންނަން އުޅެ އެކަން ގާސިމަށް ނުވި ނުވުމަކީ ނަޝީދާ ނުލާ އެމްޑީޕީ ނޯންނާނެ ކަމަށް ހުކުން ކުރަން އޮތް ހުއްޖަތެއް ނޫނެވެ. މޮޔަފުޅު ނުވާށެވެ. ފިކުރެއްގެ ދިރުމުގެ ޖާދޫއަކީ ގާސިމަށް ވޯޓު ހޯދާދެން ހަދާ ޖާދޫއެއް ނޫނެވެ. 

    ޑިމާންޑް އުފައްދަން އެކި މީހުން ޖަހަނީ އެކި ސަކަރާތެވެ. ފިކުރެއްގެ ދިރުމުގެ ޖާދޫ ނަޝީދު ހަދަނީއެވެ. ވެރިކަމަކީ ގާސިމަށް ހޭލާހުއްޓާ ފެންނަ ހުވަފެނެކެވެ. ފެން ބޮވާފައި ހުއްޓާ ފެންނަ އަވާމެންދުރެކެވެ. 

    އަދިވެސް އެއްޗެއް ވިސްނޭކަށް ނުވޭ ހެއްޔެވެ. ވިލާ ފައުންޑޭޝަނުން ސްކޯލަރޝިޕްދީ ބޭސް ފަރުވާކޮށް ދިން ޒަމާނުގައި ގޭނި ހުސްވެގެން ވެސް ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރުގައި ގަދަ ދޭކަށް އެރިފައެއް ނެތެވެ. އޭރު މީހާ ޅަނބާޅައެވެ. ޅަދޮނޅެވެ. ނިކަމެތިން މާގިނައިންވެސް ކަމުކިޔަން ޖެހުނެވެ. މިއަދަކު މީކީ އެހާލަތެއް ނޫނެވެ. އާސަންދައާއި ހިލޭ ޑިގްރީ ތަންމިނަށް އޮތީ ހުޅުވިފައެވެ. ގާސިމުގެ ތުބުން ވެއްޓޭ ބަތްފުށް ކާން ވިލާ ދޮރުބުޑުގައި ސަފު ހެދި ޒަމާން މާޒީވެއްޖެއެވެ. ލަފާނުފުރިގެން ގާސިމަށް ރައްޔިތުން އަޅުދާސްވެގެން ރަށްރަށުގެ ބަނދަރު ފަސްބާޑިޖެހި ހަނދާން މީހުން ނެތިއްޖެއެވެ. ގައިބާރު ދޫވެ ބޮނޑިމައްޗަށް ބުމަ ވެއްޓުނީމާ މޭފުއްޕިޔަސް އޭރުނުވިކަމެއް މިހާރަކު ނުވާނެއެވެ. 

    ކުރީ ދެފަހަރުހެން ފުރަތަމަ ބުރުގައި ވާދަކޮށް ތިންވަނަ ހޯދައިގެން ގަދަފަޅި ބޮޑުކުރަން ކައްޓާ ތުޅު ޖައްސާލަން ވައްޓާލާ މަދޮށްޓަށް ވާން ނޫޅޭށެވެ. އަބަދަކު ތިޔަ ސަކަރާތެއް ނުޖެހޭނެއެވެ. ގިނަރައްޔިތުން އަދަކު ތިބީކީ ދެވަނަ ބުރަކަށް ގެންގޮސްގެން ބޯކިބާ ބަހާދޭ ގޮތަކަށް ނޫނެވެ. އެއްބުރުން ނިންމާށެވެ. ދިވެހިން ބޮޑުސޭޓާއި ބޮޑުވަޒީރު ދަސްކޮށްފިއެވެ.

    ]]>
    Fri, 17 Mar 2023 16:57:15 +0500 ހީރަސް
    އިންޑަސްޓްރިއަލް ޒޯނުގައި އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް https://heerasnews.com/1142 https://heerasnews.com/1142

    އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި އެސްޓީއޯގެ ހޯލްސޭލް ކައުންޓަރއެއް ހުޅުވައިފިއެވެ. ރޯދަމަހަށް ހާއްސަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހުޅުވި ހޯލްސޭލް ކައުންޓަރުން މިހާރު ހިދުމަތް ލިބޭނެއެވެ.

    އެސްޓީއޯއިން ހުޅުވި މި ހޯލްސޭލް ކައުންޓަރ ހުންނަނީ ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައެވެ. އިންޑަސްޓްރިއަލް ޒޯނުގެ ކައުންޓަރާއެކު އެ ކުންފުނީގެ މައި ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެސްޓީއޯ ގުދަނުން ވެސް ފައިސާ ބަލައިގަތުމާއި އިންވޮއިސް ހެދުމާއި މުދާ ދޫކުރުމުގެ ހިދުމަތް ލިބޭނެއެވެ. 

    އަނެއްކޮޅުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޯދައަށް ހާއްސަކޮށްގެން އެ ކުންފުނިން ހުޅުވާ ރޯދަ މާޓުން ވެސް އެ ހުރިހާ ހިދުމަތެއް ލިބޭނެ ކަން އެސްޓީއޯއިން ކަށަވަރުކޮށް ދެއެވެ.

    ]]>
    Fri, 17 Mar 2023 15:54:59 +0500 ހީރަސް
    ވާދަވެރިޔާގެ އަނބި ވަޒީރު: މަސްލަހަތު ފުށުއަރާ https://heerasnews.com/1141 https://heerasnews.com/1141 ވެރިކަން ހިންގާ ކޯލީޝަނުގައި ރިޔާސީ ދެ ކެންޑިޑޭޓުން ތިބުމަކީ ކޯލިޝަން އެއްބަސްވުން ނިމުމަކަށް އައުމެވެ. ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ވެރިކަން ހިންގާ ކޯޅިޝަނުގެ ރައީސެވެ. މި ދައުރުގައި ވެރިކަން ހިންގާ ކޯލިޝަނުން ހިންގަނީ އެ ކޯލިޝަންގެ ރައީސްގެ ސިޔާސަތެވެ. ވެރިކަން ހިންގާ ކޯލިޝަނުގެ ރައީސަކީ އިބްރާހީމް މުހައްމަދު ސާލިހެވެ. ރާއްޖޭގެ ސިޓިންގ ޕްރެސިޑެންޓްއަކީ ވެސް ރައީސް ސާލިހެވެ. ސިޓިންގ ޕްރެޒިޑެންޓް ދެވަނަ ދައުރަށް ކުރިމަތިލުމަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގައި ހިމެނޭ ކަމެކެވެ. އެހެން ކަމުން ވެރިކަން ހިންގާ ކޯލިޝަނުން ދެ މީހަކު ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރާނެއެވެ. ވާދަ ކުރާނީ ކޮންމެވެސް އެކެކެވެ.

    ކޯލިޝަން އެއްބަސްވުމުގެ މުއްދަތުގައި ކޯލިޝަނުގެ ރައީސާ ވާދަކުރުމަކީ ކޯލިޝަނުގައި ހިމެނޭ ޕާޓްނަރަކަށް ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ކޯލިޝަން މުއްދަތުގައި ސަރުކާރު ހިންގުމުގައި ބައިވެރިވެ ތިބެ ސަރުކާރުގެ އިސްވެރިޔާއާއި ވާދަ ކުރުމަކީ ތިމާ ބައިވެރިވާ ކޯލިޝަން ސަރުކާރުގެ ނާގާބިލުކަމަށް އަމިއްލައަށް އެއްބަސްވާ އެއްބަސްވުމެކެވެ. ސަރުކާރެއް ހިންގުމުގައި ބައިވެރިވެ ތިބެ ސަރުކާރު ނާގާބިލު ވެގެން ސަރުކާރު ހިންގާ އިސްވެރިޔާއާއި ވާދަ ކުރަން ނިކުތުމުން އެ ދައްކާ ދެނީ ތިމާމެންގެ ނާގަބިލުކަމެވެ. ދަހިވެތި ކަމެވެ. ހުރި އަމިއްލަ އެދުމެވެ. 

    އެއް މެޗެއްގައި ދެ ޓީމަށް ކުޅެން އެކަކުވެސް ދަނޑަށް އަރައެއް ނުހުންނާނެއެވެ. ކުޅޭނީ އެއްޓީމަކަށެވެ. އެކަމަކު އަންނަ ދައުރާ މިދައުރަކާ ކީކީހޭ ބަޔަކު ބުނެފާނެއެވެ. ގާސިމް ވެސް އެބުނަނީ އެހެންނެވެ. ވާދަކުރަނީ އަންނަ ދައުރަށް ކަމަށެވެ. މި ދައުރު ނިމެންދެން ރައީސް ސާލިހާއެކު ތިބޭނެކަމަށެވެ. އެހެން ބުނާއިރު ނޭނޣެ އެއްޗަކީ 2023 ނޮވެންބަރު 11 ގެ ފަހުން އުފެދޭ ސަރުކާރު އުފެއްދުމަށް ވޯޓުލަނީ ހިނގަމުންދާ ސަރުކާރުގެ މުއްދަތުގެ ތެރޭގައިކަމެވެ. ވާދަކޮށް ފާޑުކިޔާ ހަދަނީ ތިމާމެން ބައިވެރިވެގެން އުފައްދާ ހިންގާ ސަރުކާރަށް ކަމެވެ. އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ސަރުކާރު ހިންގުމުގައި ބައިވެރިވެގެން އޮވެ ޖުމްހޫރީ ޕާޓިން ސިޓިންގ ޕްރެސިޑެންޓާ ވާދަކުރަން ނިކުތުމަކީ އެއްބަސްވުމާ ހިލާފް ވުމެވެ. ސަރުކާރު ހިންގާ ކޯލިޝަނުގެ ރައީސާ ވާދަކުރަން ކޯލިޝަންޕާޓްނަރަކު ނިކުންނަށް ޖެހޭނީ ވެރިކަން ހިންގާ ކޯލިޝަނުން ވަކިވެފައެވެ. 

    ރައީސް ސާލިހުގެ ސްޓޭޓް މިނިސްޓަރަކަށް ހުރި މީހަކު ރައީސް ސޯލިހާ ވާދަވެރި ކެންޑިޑޭޓްގެ ޕާޓީގެ ސްޕޯކްސް ޕަރާސަނަކަށް ހުރެގެން އެހެން ގޮތެއް ޕްރަމޯޓް ކުރަން ހުރުމަކީ މުޑުދާރު ކަމެކެވެ. ހަރާން ކޯރުވުމެވެ. އަނެއް ކޮޅުން ރައީސް ސާލިހުގެ އެއް މިނިސްޓަރަކީ ވާދަވެރިޔާގެ އެޑްވައިޒަރެވެ. އަނެއް މިނިސްޓަރަކީ ވާދަވެރިޔާގެ އަނބި މީހާއެވެ. މަސްލަހަތު ފުށުއަރާނީ މިހާކަށް ވަރަށެވެ. މި ވަރުވީމާ ބޮޑުވަރެވެ. ކުރިއަށް އޮތް ކުރުމުއްދަތުގައި ވެސް ދައުލަތުން މުސާރަނަގައިގެން ސަރުކާރުގައި ނުތިބެ ނުވާހާ ހަސްނެތީތާއެވެ. ރައީސްއަށް ވަފާތެރިވާން ހުވާކޮށްގެން ތިބޭ ވަޒީރުން އެހެން މީހަކު ޕްރަމޯޓްކުރަން އުޅުމަކީ ހުވަޔާ ހިލާފްވުމެވެ. ހިޔާނާތްތެރި ވުމެވެ. 

    ފުރަތަމަ ބުރުގައި ވަކިން ވާދަކޮށް ދެވަނަ ބުރުގައި ފަހަތައް އެރުމުގެ ހުވަފެން އެއްވެސް ބަޔަކު ދައްކާނެ ކަމެއް ނެތެވެ. އެއްބުރުން ނުނިމި ދެވަނަ ބުރަށް ދިޔަސް ކުރި ހޯދަނީ ކާކުކަމެއް އެގެނީ ކާކަށް ހެއްޔެވެ. ފުރަތަމައިނުން ވެސް އެކުގައި ގުޅިގެން މަސައްކަތް ކުރަންނެތް ބަޔަކު ފަހުން އަންނާނެ ކަމަށް ގަބޫލު ކުރުމަށް ވުރެ މޮޔަ ވިސްނުމެއް ނުއޮންނާނެއެވެ. ދެވަނަ ބުރު އަޔަސް އަންނަނީ ފުރަތަމަ ބުރަށް ފަހުގައެވެ. 

    ފަހުން ވެދާނެ މޮޅަކަށް ސަރުކާރު ތެރޭގައި ބުރަކި ޖައްސާނެ ބަޔަކު ބައިތިއްބައިގެން ކުރިއަށް ދިޔުމަކީ ވަފާތެރިންގެ ހިތްކަޅުވާ ކަމެކެވެ. ރައީސް ސާލިހު ދޫކޮށް ޖުމްހޫރީ ވާދަކުރަން ނިކުތުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފުވުން ކަމުން ސިޔާސީ މަގާމު ތަކުގައި ތިބެ ރައީސް ސާލިހާ ދެކޮޅަށް ވާދަކުރާ ޕާޓީއެއްގެ މެންބަރުންނަށް އޮތްގޮތަކީ ސަރުކާރުގައި ތިބޭނަމަ ޕާޓީ ދޫކޮށްލުމެވެ. ޕާޓީގައި ތިބޭނަމަ ސަރުކާރު ދޫކޮށްލުމެވެ. 

    ސަރުކާރުގައި ތިބެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް އުޅޭ ފިކުރެއްގެ ދިރުމަށް ވެސް އޮތްގޮތަކީ އެއެވެ. ޕާޓީން ވަކިވެ ރަނގަޅަށް އިދިކޮޅުވުމެވެ. ފަހުން ވެދާނެ މޮޅަކަށް ނޭއްގާނި ބަޔަކު ފަތީލައިގެން ކުރިއަށް ދިޔުމަށްވުރެ އެކުގައި މަސައްކަތް ކުރާންތިބި މީހުން ބަރުވެރިކުރުވައިގެން ހިންގާލިއްޔާ ބޮޑުތަނުން ރަނގަޅުވާނެއެވެ. 

    ]]>
    Thu, 16 Mar 2023 16:49:34 +0500 ހީރަސް
    އިންތިއަށް އޮޅުނު ބެދޭމަޅި އާއި ބޮޑުވަޒީރު https://heerasnews.com/1140 https://heerasnews.com/1140 ރައީސް ނަޝީދަށް ނެތް ވެރިކަމެއް އެމްޑީޕީގައި އޮތަނުދިނުމަށް މި ދައުރު ފެށުނީއްސުރެ ރައީސް ނަޝީދު އައީ މަސައްކަތް ކުރައްވަމުންނެވެ. ފުރަތަ ރައީސް ސާލިހަކީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ވެވަޑައިގަންނަވާނެ ކަމަށް ހީކުރެއްވިއެވެ. މުޅި ސަރުކާރު ހިންގާނީ ނަޝީދު ވިދާޅުވާ ގޮތަށް ކަމަށް ހީކުރެއްވިއެވެ. ވެރިކަން ހޯދަން ކޯލިޝަނެއް ހެދިޔަސް ކޯލިޝަން ރޫޅާލާ ނަޝީދުގެ އަތްޕުޅު މައްޗަށް ގައުމު ހިންގުމުގެ ހުރިހާ ބާރެއް ކަހާލެއްވޭނެ ކަމަށް ނަޝީދު ހީކުރެއްވިއެވެ. 

    ނަޝީދު ހީކުރެއްވި ގޮތާ ހިލާފަށް ރައީސް ސާލިހު ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފެއްޓެވީ ކޯލިޝަން ޕާޓްނަރުން ތަމްސީލުކުރާ ވަޒީރުންގެ މަޖިލީހުގެ ތެރެއިންނެވެ. ވަކި މީހެއްގެ މުށުތެރެއަށް ދައުލަތް ވައްޓާ ނުލައްވައެވެ. އެކަމަކީ ރައިސް ނަޝީދު ހިތްޕުޅާވި ކަމަކަށް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީގެ ތެރެއިން ސަރުކާރަށް ލިބެންޖެހޭ އެއްބާރުލުން ދިނުމަށް އެކި ގޮތްގޮތުން ރައީސް ނަޝީދު ހުރަސް އަޅުއްވަން ފެއްޓެވިއެވެ. 

    ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވާދަކުރުމުގައި ކޯލިޝަން އެއްބަސްވުމާ ހިލާފަށް އެންމެ ދާއިރާއެއް ފިޔަވާ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަ ކުރަން ނިންމި ނިންމުމަކީ ކޯލިޝަން ޕާޓްނަރުނަށް ނަޝީދު ދެއްވި ފުރަތަމަ ކެއްސެވެ. ރައީސް ސާލިހުގެ ވިސްނުންފުޅާ ދެކޮޅަށް އެމްޑީޕީން އެޅި ފުރަތަމަ ފިޔަވަޅެވެ. ވީގޮތެއްވެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ލިބުމުން މަޖިލިސްގެ ރައީސް ކަމަށް ވާދަކުރަން ދެ ފެކްޝަން އުފަންކުރުވާ ދެ ފެކްޝަނުން ދެ މީހުން މެންބަރުންނަށް ދެއްކިއެވެ. ރައީސް ނަޝީދުގެ ތާއީދާއެކު މަޖިލީހުގެ ރައީސް ކަމަށް ވާދަކުރުވީ އައްޑޫ އަސްލަމެވެ. ރައީސް ސާލިހުގެ ތާއިދުގައި ނިކުތީ ހަސަން އަފީފެވެ. އެހެނަސް ހީލަތްތެރި ފިތުނައެއްގެ ތެރެއިން އެމްޑީޕީގެ ފަރާތުން މަޖިލިސްގެ ރައީސް ކަމަށް ވާދަކުރަން ނިންމުވީ ރައީސް ނަޝީދެވެ. ނަޝީދާ ވާދަކުރެއްވީ ޖުމްހޫރީ ލީޑަރ ގާސިމް އިބްރާހީމެވެ. ބިޔަ މެޖޯރިޓީ އޮތް އެމްޑީޕީގެ ވޯޓުން މަޖިލިހުގެ ރައީސް ކަމަށް ނަޝީދު ހޮވީ ގާސިމު ހުތުރު ބައްޔަކުން ބަލިކޮށްފައެވެ.  

    މަޖިލިސްގެ ރައީސްކަން ލިބިވަޑައިގަތުމުން ހީފުޅުވީ މުޅި ދައުލަތް ރައީސް ނަޝީދަށް ލިބިވަޑައިގެން ހެންނެވެ. ދަނޑިވަޅު ބައްލަވާ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ނިންމަވާ ލިބި އޮތް ސްޕަރ މެޖޯރިޓީ ބޭނުން ކުރައްވައިގެން ބޮޑު ވަޒީރުކަން ހޯއްދަވާ ވެރިކަން ހިންގުމުގެ ބާރު އަތްޕުޅަށް ފޮރޮޅާލެއްވުމުގެ ކެންޕެއިން ފެއްޓެވިއެވެ. ރައީސުލްޖުމްހޫރިއްޔައަކީ އާރެއް ބާރެއްނެތް ރަމްޒީ މީހަކަށް ހަދާ ރައީސް ސާލިހު ކޯނަރ ކުރެއްވުމަށް ނިންމަވާ އެކަން ތަންފީޒު ކޮށްދެއްވުމަށް ރައީސް ސާލިހުގެ އަރިހުގައި ދެންނެވިއެވެ.

    ރައީސް ނަޝީދުގެ ހުށަހެޅުއްވުމަށް ރައީސް ސާލިހު ތަރުހީބު ނުދެއްވުމުން ރަނގަޅަށް ހުޅުފަޅައިގެން ދިޔައެވެ. ސަރުކާރަށް ޒާތްޒާތަށް ފިއްތުންތައް ފިއްތާ މަޖިލީހަކީ ސަރުކާރާ އިދިކޮޅު ބާރު ކަމުގައި ހައްދަވަން ނަޝީދު މަސައްކަތް ފެއްޓެވިއެވެ. ނަޝީދާއި އެއްބައިވެގެން ސަރުކާރަށް މަޖިލީހުން ފިއްތަލެވޭތޯ ނަޝީދު ކުރެއްވި މަސައްކަތް ނާކާމިޔާބު ކޮށްލެއްވީ މަޖިލީހުގައި ތިއްބެވި ހުޝިޔާރު މެންބަރުން ތަކެއްގެ އެއްބާރުލުން ސަރުކާރަށް ދީގެންނެވެ. ރައީސް ނަޝީދުގެ އަމިއްލަފުޅު އެޖެންޑާއަށްވުރެ ޕާޓީއާއި ގައުމީ މަސްލަހަތު އެ މެންބަރުންނަށް މާބޮޑު ވެގެންނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން ރައީސް ނަޝީދު ޖައްސަވާ ހާބެރަކަށް ނައްޓަވަން ލިބި ވަޑައިގަތި 15 ވަރަކަށް މެންބަރުންނެވެ. އާހިރުގައި މަޖިލީހުގެ ކޮންޓްރޯލު ވެސް ރައީސް ނަޝީދަށް ގެއްލިވަޑައިގަތީއެވެ. 

    ޕާޓީގެ ގައުމީ މަޖިލިހާއި ސެކެރެޓެރިއޭޓްއާއި ކޮންގްރަސްގެ ތާއީދު ގެއްލި ރިޔާސީ ޕްރައިމަރީ ވެސް ރައީސް ނަޝީދަށް ގެއްލިވަޑައިގަތީއެވެ. ބެދޭމަޅި ނުފެންނަނީ ކާކަށް ކަން އިމްތިޔާޒް ފަހުމީއަށް އޮޅިވަޑައިގަތަސް ބޮޑުސޭޓާއި ބޮޑުކޯލިޝަނާއި ބޮޑުވަޒީރު ރައީސް ސާލިހަށް އޮޅިވަޑައިގެން ނޫޅުއްވައެވެ. 

    ]]>
    Thu, 16 Mar 2023 13:29:25 +0500 ހީރަސް
    ގާސިމެއް ކަމަކު ހުރިހާ މޮޅެއް އަބަދަކު ނޭޅޭނެ! https://heerasnews.com/1139 https://heerasnews.com/1139 ސަރުކާރުގެ ވަޒީފާތަކުގައި ތިބި ޖޭޕީގެ ސިޔާސީ މީހުން އިސްތިއުފާ ދޭން ޖެހުނަސް ރައިސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވާކަށް ނުޖެހެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ވިދާޅުވިޔަސް އެ ވިދާޅުވިއްޔަކީ ފެން ހިފޭ ޒާތުގެ ވާހަކަފުޅެއް ނޫނެވެ.

    ރައީސް ސާލިހު އެހުންނެވީ ގާނޫނު އަސާސީގައި ބުނާ ގޮތަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެއްވުމުގައެވެ. ގާނޫނު އަސާސީގެ 115 ގެ ދަށުން ސަރުކާރު ހިންގުމަށް މީހުން އައްޔަނު ކުރުމާ ވަކިކުރުމާއި އިސްތިއުފާ ގަބޫލު ކުރުމަކީ ރައީސްގެ ގާނޫނީ ޒިންމާއެވެ. ސަރުކާރު ހިންގުމުގައި ރައީސް އައްޔަނުކޮށްފައި ތިބި ބަޔަކު ވަފާތެރިވެ ތަންފީޒު ކުރަން ޖެހޭނީ ރައީސްގެ ސިޔާސަތެވެ. އެ ސިޔާސަތު ގަބޫލު ނުކޮށް އެހެން ގޮތަކަށް އުޅެން ޖެހޭނީ އިސްތިއުފާ ދީފައެވެ.

    ހިނގަމުންދާ ސަރުކާރުން ތަންފީޒު ކުރަމުންދާ ސިޔާސަތުތައް ފުރިހަކޮށް ނިންމުމަށްޓަކައި އިތުރު ދައުރަކަށް ރައިސް ހޮވަން ޖެހޭ ގޮތަށް ކަންކަން ތަރުތީބުކޮށްގެން ކޯލިޝަން ސަރުކާރުން މަސައްކަތް ކުރަމުން އައީ ނޭނގިއެއްނޫނެވެ. ކޯލިޝަން ޕާޓްނަރުންގެ އެއްބަރުލުމާއި ރުހުން ލިބިގެންނެވެ. ރައީސަށް ދެވަނަ ދައުރެއް ދިނުމަށް ވިސްނުން ނެތް ނަމަ ދުރާލާ އެކަން އެންގުމެއްނެތި ހިންގަމުން އައި ސިޔާސަތާ ދެކޮޅަށް ޕާޓްނަރުން ނިކުތުމަކީ އިހުލާސްތެރި ހެޔޮ ނިޔަތް ނެތްކަމުގެ ހެއްކެކެވެ.   

    މަގާމަށް އައުމަށް ތާއީދު ހޯދުމައްޓަކާ ކޯލިޝަނެއް ހަދައިގެން އެ ކޯލިޝަން ދެމެހެއްޓުމާއި ނުދެމެހެއްޓުމަކީ ރައީސްގެ އިހުތިޔާރެވެ. ގާނޫނީ ބުރަދަނެއް އޮތްކަމެއް ނޫނެވެ. ވެރިކަމަށް އަންނަން ތާއީދު ހޯދުމަށް ހަދާ ކޯލިޝަން ރޫޅުމަކީ ރައީސް އިސްތިއުފާދޭން ޖެހޭ ކަމަކަށް ނުވަނީ ގާނޫނީ ބުރަދަން ނެތުމުންނެވެ. ކޯލިޝަން ރޫޅުމަކީ ރައީސް އިސްތިއުފަ ދޭންޖެހޭ ކަމެއް ނޫންކަން މީގެކުރިން ވެސް ރާއްޖެ ވަނީ ތަޖުރިބާކޮށްފައެވެ. 

    ކޯލީޝަނަކުން ސަރުކާރެއް އުފައްދާ ހިންގީ ފަސް އަހަރަށެވެ. އެ ފަސް އަހަރު ފެށުނީ 17 ނޮވެންބަރ 2018 ގައެވެ. ފަސް އަހަރު ނިމެނީ 2023 ނޮވެންބަރ 17 ގައެވެ. އެ މުއްދަތުގައި ކޯލިޝަން ޕާޓްނަރުން ރައީސްއާއި ވާދަ ކުރުމަކީ ބޭއަދަބީ ކަމެކެވެ. އަހުލާގީ ގޮތުން ހުތުރު ސްލޫކެއް ނެތް ކަމެކެވެ. އަނބިމީހާއާއި ބަލާ ބޮޑުކުރި ކުއްޖާއާއި އެނޫން ވެސް ޖުމްހޫރީ އެތައް ބަޔަކު ވަޒީރުންގެ ގޮތުގައާއި ސިޔާސީ މަގާމުގައިއި އޮތް ސަރުކާރުގެ ރައީސާ ވާދަކުރަން ޖުމްހޫރީ ޕާޓީ ނިކުތުމެކޭ ކާންދޭ އަތުގައި ދަތް އެޅުމެކޭ އޮތީ ކޮން ތަފާތެއް ހެއްޔެވެ. ސަރުކާރުން މުސާރަ ނަގައިގެން ސަރުކާރާ އިދިކޮޅަށް މަސައްކަތްކުރަން ސަރުކާރު ތެރޭގައި ތިބުމަކީ ކޮންކަހަލަ ގޮތްކުޑަ މުޑުދާރު ކަމެއް ހެއްޔެވެ.

    އާނއެކެވެ. ދައުލަތަކީ ވަކި މީހެއްގެ ތަރިކަ މުދަލެއް ނޫނެވެ. އެހެނެއް ކަމަކު ދައުލަތް ހިންގަން ރައްޔިތުން އޮތީ ވަކި މީހަކާ ވަކި މުއްދަތަކަށް ހަވަލުކޮށްފައެވެ. އެމުއްދަތުގައި ވެރިކަން ހިންގުމުގައި ބައިވެރިކޮށް ސަރުކާރުގައި ބައިތިއްބާނޭ ބަޔަކު އެގޭނީ އެކަމާ ހަވާލުވެ ހުރި ރައީސަށެވެ. ސަރުކާރު ހިންގުމުގައި އިހުލަސްތެރިކަމާއެކު ބައިވެރިވެ އެހީތެރިވެ ދިނުމަށް ސޮއިކޮށްގެން ތިބެ އެމުއްދަތު ހަމަނުވަނީސް ވެރިކަން ހޯދުމަށް ކޯލިޝަންގައި ހުރެ ރައީސާއި ވާދަކުރަން ނިކުތުމަކީ އެއްބަސްވުން ބާތިލުކުރުމެވެ. 

    އެއްބަސްވުމާ އެއްގޮތަށް އެއްބަސްވުމުގެ މުއްދަތު ހަމަވަންދެން ނުތިބެ ކޯލިޝަން ޕާޓްނަރުން ވާދަކުރަން ނިކުތުމަކީ އެއްބަސްވުން ރޫޅާލުމެވެ. އެ ހިސާބުން ވާދަކުރާ ޕާޓްނަރުގެ ސްލޮޓްގައި ސަރުކާރުގެ މަގާމުގައި ތިބި ސިޔާސީ މީހުންނަށް އޮތް ރީތި ގޮތަކީ ސަރުކާރުން ވަކިވުމެވެ. ނޫނީ ޕާޓިން ވަކިވުމެވެ. ގާސިމެއް ކަމަކު ހުރިހާ މޮޅެއް އަޅަން އަބަދު ނޫޅޭށެވެ. 

    ]]>
    Wed, 15 Mar 2023 17:46:16 +0500 ހީރަސް
    އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރމާކެޓަށް އަހަރު ފުރުން https://heerasnews.com/1138 https://heerasnews.com/1138 އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލުކޮށް ހުޅުވިތާ އެއް އަހަރު ފުރުން އެސްޓީއޯއިން ފާހަގަ ކުރަމުން އެބަދެއެވެ. އެސްޓީއޯގެ ޓްރޭޑް ސެންޓަރުގެ ބޮޑު މަރާމާތަކަށްފަހު ޒަމާނީ ބަދަލުތައްގެނެސް އަލުން ހުޅުވިތާ އެއް އަހަރު ފުރުނީއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓް ކޮންސެޕްޓަށް ބަދަލު ކުރީ 15 މާރޗް 2021 ގައެވެ.

    ހައިޕަރ މާރކެޓް ކޮންސެޕްޓަކީ އެސްޓީއޯ ނޫން އެހެން ފަރާތްތަކަށް އެތާނގެ ތެރޭގައި ވިޔަފާރި ކުރެވޭގޮތަށް ފުރުސަތު ދެވިގެން ވިޔަފާރިކުރުމުގެ ކޮންސެޕްޓެވެ. އެސްޓީއޯގެ މި ކާމިޔާބު ކޮންސެޕްޓާއެކު ޕީޕަލްސް ޗޮއިސްގައި އާއްމުން ފަރާތްތަކުން ވިޔަފާރި ކުރުމުގެ ޝައުގުވެރިކަން ފާޅުކޮށް ރެކް ހޯދުމުގެ ވާދަވެރިކަން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. ވީހާވެސް ގިނަބަޔަކަށް ޕީޕަލްޗޮއިސްގައި ބައިވެރިވުމުގެ ފުރުސަތި ދިނުމުގެ ގޮތުން އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ފުރަތަމަ ފަންގިފިލާވެސް އާއްމު ވިޔަފާރިތަކަށް ހުޅުވާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ. 

    ކެއުންބުއިމަށް ބޭނުންކުރާ ދިވެހި އުފެއްދުންތަކަށް ހާއްސަ ރެކްއެއް ކުއްޔައް ދޫކުރުމަށް ތައްޔާރުކުރެވި އާންމުންނަށް ހުޅުވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމަށް ޕީޕަލްސް ޗޮއިސްގެ ތެރޭގައި ހިލޭ ފުރުސަތު ދިނުމަށް ތައްޔާރީތަކެއް ވުމަށް އެސްޓީއޯއިންވަނީ ފަށަފައެވެ.  ވާންޖެހޭ ތައްޔާރީތައް ދަނީ ވެވެމުންނެވެ.

    ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓަށް އަހަރުވުމާ ގުޅިގެން އަހަރީ ދުވަހަށް ގިނަކަންތައް ތަކެއް އަންނަނީ ޕްރޮގްރާމްކުރެވި ހިނގަމުންނެވެ. 

    • އެސްޓީއޯ ޕީޕަލްސް ޗޮއިސް ހައިޕަރ މާކެޓް އިން  މާރޗު 15 ވަނަ ދުވަހު ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބެއެވެ. ކޫޕަންގެ ގުރުއަތުން ހޮވޭ ހަތަރު ބޭފުޅަކަށް ފަސް ހާސް ރުފިޔާގެ ގިފްޓް ވޮއުޗަރ އެއް ލިބެއެވެ.
    • ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަރގްރަމް އަދި ފޭސްބުކްގައި ޝެއަރ އެންޑް ވިން ޕްރޮމޯޝަނެއް އަގުހުރި އިނާމުތަކާއެކު މާރޗު 15 ވަނަ ދުވަހު ކުރިޔަށް ގެންދެއެވެ.
    • މިހާރު ކުރިޔަށްދާ ރަމަޒާން ބާޒާރުގެ އިތުރަށް މާރޗު 16 ން 22 އަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި އިތުރު ޑިސްކައުންޓްތަކާއެކު ޕްރޮމޯޝަނެއް ކުރިޔަށް ގެންދެއެވެ.
    • މާރޗް 15 ވަނަ ދުވަހުގެ އެކި ގަޑިތަކުގައި އެސްޓީއޯގެ ބްރޭންޑްތަކުގެ ރަހަ ދައްކާލުން އަދި ހަދިޔާ ބެހުން ކުރިޔަށްގެންދެއެވެ.
    • މާރޗް 15 ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ދިހަ ފަރާތަކަށް ރެންޑަމްކޮށް ސަޕްރައިސްއެއްގެ ގޮތުގައި އަގުހުރި އިނާމްތަކެއް ދެއެވެ.
    ]]>
    Wed, 15 Mar 2023 16:18:50 +0500 ހީރަސް
    މަ ހީރޯ & ތަ ޒީރޯ https://heerasnews.com/1137 https://heerasnews.com/1137 2018ގައި އެމްޑީޕީ ވެރިކަމަށް އައުމަށް ރައްޔިތުންގެ ތާއީދު ހޯދުމަށް ސިޔާސީ ޕާޓީތަކަކާއި އެކު ކޯލިޝަން ހެދިއެވެ. ކޯލިޝަން ޕާޓްނަރުންނަކީ އަދާލަތާއި ޖުމްހޫރިީއާއި ޕީޕީއެމް/އެމްއާރުއެމްއެވެ. އެމްޑީޕީން ކޯލީޝަން އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް ނަޝީދެވެ. ޖުމްހޫރީން ގާސިމް އިބްރާހީމެވެ. އަދާލަތުން ޝައިޚް އިމްރާނެވެ. ޕީޕީއެމް/އެމްއާރުއެމުން ރައީސް މައުމޫނެވެ. ސިޔާސީ ބޯކިބަލުގެ 40 ޕަސެންޓް އެމްޑީޕީއަށެވެ. އަނެއް 60 ޖުމްހޫރީއާއި އަދާލަތާއި ޕީޕީއެމް/އެމްއާރުއެމަށެވެ. ރައީސްކަން އެމްޑީޕީއަށެވެ. ނައިބު ރައީސްކަން ޖުމްހޫރީއަށެވެ. 

    ހޭވައްޓާލާފައި ބިޔަ ކޯލީޝަނުން ވެރިކަމަށް ގެނައީ އިބޫފައިސަލްއެވެ. އެއްބަސްވުމާ އެއްގޮތަށް ކެބިނެޓާއިއި ސިޔާސީ މަގާމުތަކާއި ސަރުކާރުގެ ކުންފުނި ތަކުގެ އިސްވެރިން ބެހިގެން ދިޔައެވެ. ޕެޕަރސްޕްރޭ ޖެހުނު އެމްޑީޕީ އެންމެނަށް ވަޒީފާ ނުދެވޭނެ ކަމަށް ވިދާޅުވަމުން އިބޫ ސަރުކާރު ދެމެހެއްޓުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވީ އެމްޑީޕީގެ ރައީސް ނަޝީދެވެ. 

    ރައީސް ސާލިހު ވެރިކަމަށް ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގްރީރުގައި ވެސް އެންމެ ބަރުލައްވާ ވިދާޅުވީ ކޯލިޝަން ދަމަހައްޓަވާނެ ކަމަށެވެ. މިއަދާއި ހަމައަށް ވެސް ރައީސް އެވަޑައިގަތީ އެ ވައުދުފުޅު ދަމަހައްޓަވަމުންނެވެ. އެހެން ނަމަވެސް ރައީސް ނަޝީދަކަށް އެކަމެއް ހަޖަމެއް ނުކުރެއްވުނެވެ. 

    ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާ ހިސާބުން އަމިއްލަފުޅަށް ސޮއި ކުރެއްވި ކޯލިޝަން އެއްބަސްވުން ރޫޅާ ލައްވައިފިއެވެ. ކޯލިޝަން ދަމަހައްޓަވާތީ ރައީސް ސާލިހަށް އެމްޑީޕީގެ ތެރެއިން ރައީސް ނަޝީދު ޕްރެޝަރ ކުރައްވަން ފެއްޓެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް ލިބުމާއެކު ރައީސް ނަޝީދުގެ ދުނިޔެ ރަންވެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ހުވަފެންފުޅު ދެކިވަޑައިގެން ސަރުކާރު ހިންގުމުގެ ސީދާ ބާރު އަތްޕުޅަށް ނެންގެވުމަށް މަސައްކަތްޕުޅު ފެއްޓެވިއެވެ. 

    ރައީސުލް ޖުމްހޫރިއްޔާއަކީ ރަމްޒީ ބޭފުޅަކަށް ހައްދަވައި ރައީސް ސާލިހު ބާރުތަކުން އެކަހެރި ކުރުމުގެ އަމަލީ މަސައްކަތް ފެއްޓެވިއެވެ. ކޯލީޝަން ޕާޓްނަރުންނަށް ފުރައްސާރަ ކުރެއްވުމާއި ބޮޑެތި އިލްޒާމުތައް އަޅުވާ ކޯލިޝަން ޕާޓްނަރުން ސަރުކާރު ދޫކޮށް އަމިއްލައަށް އެއްފަރާތް ވާވަރަށް އެމްޑީޕީގެ ތެރެއިން ޕްރެޝަރ ކުރިއެވެ. ރައީސް ސާލިހުގެ ދުރު ވިސްނުންފުޅާއި ކެތްތެރިކަމާއި ރެއެކްޓު ނުކުރެއްވުމުގެ ނަތީޖާއަކަށް ވީ ރައީސް ނަޝީދު އަމިއްލަފުޅު ޕާޓީގެ ތެރޭގައި ބާކީވެ އެކަހެރިވުމެވެ. ޕީޖީ ގްރޫޕާއި ގައުމީ މަޖިލީހާއި ސެކްރެޓްރިއޭޓާއި ކޮންގްރަސްގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލި ވަޑައިގަތުމެވެ. 

    ޕްރައިމަރީ ތަކުން ބަލިވާ މީހުން ގަދަވާ މީހާގެ ފަހަތައް އަރާ ޕާޓީގެ ސްޓޭންޑް ނެގެހެއްޓުމަށް މިސާލު ދައްކަވާ ބާރުއެޅުއްވި ރައީސް ނަޝީދު ޑިމޮކްރެޓިކް ވެލިއުތައް މުގުރާލައްވާ މުޅި ޕާޓީގެ ނިންމުތައް ބޮލާލައި ޖައްސަވާ ޕާޓީއާއި ދެކޮޅަށް އިދިކޮޅަށް ވުރެ އިދިކޮޅުވެ ބަގާވާތް ފެއްޓެވިއެވެ. ރައީސް ނަޝީދަށް ނެތް ވެރިކަމެއް ޕާޓީގައި ވެސް ނުއޮތުމަށް ޕާޓީގެ ރައީސް ފޫގެޅުއްވީއެވެ. 

    ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހުންނަވަނިކޮށް ވަކިވެގަތުމުގެ ފިކުރެއް އުފައްދަވާ އެމްޑީޕީއާއި ދެކޮޅަށް ވާދަވެރި ޕާޓީތަކާއި އެކު ކޯލީޝަން ހެއްދެވުމަށް މަރުފަލި ޖައްސަވަން ފެއްޓެވީއެވެ. އެމްޑީޕީ ކޯލީޝަނުގައި ޖުމްހޫރީ އޮވެ ނާޖާއިޒު ފައިދާ ނަގާ ހައްގުނޫން ބަދަލު ދައުލަތުން ހޯދާކަމަށް ތުހުމަތު ކުރެއްވިއެވެ. ގާސިމް އިބްރާހީމަށް ނިސްބަތްކުރައްވާ ވިދާޅުނުވާ ކުނިފުޅައެއް ނެތެވެ. އެކަމަކު އެމްޑީޕީ ފޭލިކޮށްލުމަށް ޖުމްހޫރީ ލީޑަރ ގާސިމް އިބްރާހީމްއަށް ވެރިކަން ހޯދައިދޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ދެކޮޅަށް އެމްޑީޕީގެ ރައީސް ނަޝީދު ބަގަވާތް ކުރައްވަން ފެއްޓެވީއެވެ.

    ނަފާ ނަސީމް ވިދާޅުވާހެން ކަލޭ ކޯލިޝަން ހަދާނަމަ ގާނޫނާ ހިލާފުއެވެ. އެކަމަކު މަ ކޯލިޝަން ހެދީމާ އެއީ ޑެމޮކްރެސީގެ އަސާސެވެ. ގައުމަށް ހެވާ ލާބައެވެ. ކަލޭ ވަކިވެ ދަންޏާ އެއީ ބައިބައިވުމެވެ. މަ ވަކިވެ ދަންޏާ އެއީ އެއްބައިވުމެވެ. މަމީ ހީރޯއެވެ. ކަލޭ ތީ ޒީރޯއެވެ.

    ]]>
    Wed, 15 Mar 2023 14:24:56 +0500 ހީރަސް
    ފިކުރުގެ ދިރުމަކަށް ދައުލަތެއް ނުހުއްޓުވޭނެ! https://heerasnews.com/1136 https://heerasnews.com/1136 އެއްވެސް އިހުލާސްތެރި ކަމެއްނެތި ޖެއްސުންކޮށް ފުރައްސާރަ ކުރުމުގެ ގޮތުން ފިކުރުގެ ދިރުމުން މަޖިލީހަށް ގަރާރާއި ކުއްލި މައްސަލަ ވެއްދުމުގެ ބޭނުމަކީ ފިތުނަ އުފެއްދުމެވެ. ފިތުނައިގެ އަލިފާނުގައި އެމްޑީޕީ އަންދާ ހުލިކޮށްލުމެވެ. ރައީސް ނަޝީދަށް ވެރިކަންނެތިއްޔާ ސަރުކާރެއްވެސް ވެރިކަމެއްވެސް އޮވެގެން ވާކަށް ނެތެވެ. ފިކުރުގެ ދިރުމުގެ ފިކުރަކީ ނަޝީދު ނޫން އެހެން މީހަކަށް ތާއީދުކުރުމާއި ވޯޓު ދިނުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ފިކުރުގެ ދިރުމަށް ރިޔާސީ ނިޒާމެއް ކަމަކު ނުދެއެވެ. ރިޔާސީ ޓިކެޓް ކަމުދެއެވެ. 

    ފިކުރުގެ ދިރުމަށް ނިސްބަތްވާ މެމްބަރުން މަޖިލިހަށް ހުށަހެޅި ގަރާރުތަކެއް މަޖިލީހަކަށް މިއަދަކު ބަލައެއް ނުގަތެވެ. ސައްޕު ޖަހާ ކޮށްލީ ބޭރެވެ. މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އަބްދުﷲ ވޯޓަށް އެހި ގަރާރުތައް ފާސްނުވެ ދިޔައީ ބޯމަތިން ލާފައެވެ.

    އައްޑޫ އެއަރޕޯޓް ޕްރައިވަޓައިޒް ކުރުމުގެ ނަމުގައި ފިކުރުގެ ދިރުމުން ގަރާރެއް ހުށަހެޅީ ސަރުކާރުން ހިންގާ އައްޑޫ ތަރައްގީ ކުރުމުގެ ޕްލޭން ފާލުން ނައްޓުވަލާ އައްޑޫގެ ތަރއްގީއަށް ކަމެއް ކުރިޔަ ނުދިނުމަށެވެ. ސަރުކާރުން ވަށާޖެހޭގޮތަށް ރާވާ ހިންގަންފަށާފައިވާ އައްޑޫ ތަރއްގީކުރުމުގެ ބިޔަ މަޝްރޫއު ހުއްޓުވުމަކީ އެ ގަރާރުގެ މަގްސަދެވެ. ފިތުނަވެރި ކަމުން ފުރިގެންތިބެ ދިރުވާން އުޅޭ ފިކުރެއްގެ މަޅީގައި އެމްޑީޕީއާއި އައްޑޫގެ ގިނަ ރައްޔިތުން ތިބީ ޖެހޭ ގޮތަކަށް ނޫނެވެ. ދިވެހި ގިނަ ރައްޔިތުންނަށް ފިކުރެއްގެ ދިރުމަކީ ކޮން އެއްޗެއްކަން އޮޅެގެނެއް ނޫޅެއެވެ. 

    ދިވެހި ދައުލަތުން ދަރަނި ނެގުމާއި ދެއްކުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔަ އަކު އައްޔަނުކޮށްފައި އެ ބަހުއްޓެވެ. ދައުލަތް ހިންގުމުގެ ހުރިހާ ބާރުތަކެއް ރައްޔިތުން ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ޖަވަބުދާރީ ކުރުވުމަށް މަޖިލީހަށް ލިބިދީފައި އޮންނަ ބާރަކީ ދައުލަތް ހިންގިޔަނުދީ ހުއްޓުވުމަށް ދީފައި އޮންނަ ބާރެއް ނޫނެވެ. ދައުލަތް ހިންގުމުގައި މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަންކަމާއި ދައުލަތުގެ ހިންގުމުގެ ތެރެއަށް މަޖިލީހުން ވަދެވޭނެ މިންވަރު ގާނޫނު އަސާސީގައި ބަޔާންވެފައި އޮވެއެވެ.

    ރައްޔިތުންގެ މަޖިލީހަކީ ދުވަހުން ދުވަހަށް ދައުލަތް ހިންގުމުގެ ތެރެއަށް ވަދެ ހިންގާބާރު ފައިދަތި އަޅުވަން ތިބޭ ބައެއް ނޫނެވެ. ދަރަނި ނެގުމާ ދަރަނި އަދާކުރުމަކީ އިންތިޒާމެއްގެ ތެރެއިން ތަރުތީބު ވެގެން ކުރެވޭ ކަމެކެވެ. އަމަލީ މަސައްކަތާއި މާދުރުގައި ތިބެ އެހެން ހަދާ، މިހެން ހަދާށޭ ބުނެގެން ޖަޒްބާތުގައި ފާސްކުރާ ގަރާރަކުން ހައްލު ކުރެވޭނެ ކަންކަމެއް ނޫނެވެ.

    ކިތަންމެ ބާރަށް ފިކުރެއް ދިރެ ކޯދުލާ ބަންޑުން ވިޔަސް ރޮނގު ހުރަސް ކުރަން ނުހަދާށެވެ. މަޖިލީހުގެ ދައުރާ މަޖިލީހަކީ ކީއްކުރާ ތަނެއްކަން ދަންނަ ހެޔޮވިސްނޭ މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިއެވެ. ވަކި މީހަކަށް ވެރިކަން ހޯދާދިނުމުގެ މަސްތުގައި ދައުލަތް ހުއްޓުވާން ބަޔަކު އުޅުނަސް ހެޔޮ ވިސްނޭ މެންބަރުން އެފުރުސަތެއް ފިކުރެއްގެ ދިރުމަކަށް ނުދޭނެއެވެ.   

    ]]>
    Tue, 14 Mar 2023 17:58:13 +0500 ހީރަސް
    ޣާޒީ ސްކޫލު ދަރިވަރުން ސްޓެލްކޯއަށް https://heerasnews.com/1135 https://heerasnews.com/1135 ޣާޒީ ސުކޫލުގެ ދަރިވަރުންތަކެއް ހުޅުމާލޭ އިންޖީނުގެއަށް ޒިޔާރަތް ކޮށްފިއެވެ. ސްޓެލްކޯ އިން ހުޅުމާލޭގައި ހިންގާ އިންޖީނުގެއަށް ޣާޒީ ސްކޫލުން ދަރިވަރުންތަކެއް ޒިޔާރަތްކުރީ މައުލޫމާތާއި ތަޖުރިބާ ހޯދުމުގެ ގޮތުންނެވެ.

    ދަރިވަރުންނަށް ހުޅުމާލޭ އިންޖީނުގެ ދައްކާލުމުގެ އިތުރަށް އިންޖީނުގޭގެ މަސައްކަތްތައް ސްޓެލްކޯއިން ކުރިއަށްދާގޮތް ދައްކާލިއެވެ. އަދި ސްޓެލްކޯއާއި ބެހޭ ގިނަ މައުލޫމާތު ދަަރިވަރުންނަށް ފޯރުކޮށްދެވުނެވެ. 

    ސްކޫލްތަކުގެ ދަރިވަރުންނަށް އިންޖީނުގެއާއި ބެހޭ މައުލޫމާތު ދިނުމާއި އެތަންތާ މަސައްކަތްކުރާ ގޮތް އަމަލީ ގޮތުން ދައްކަދީ ޓެކްނިކަލް ދައިރާތަކަށް ކުދިން ޝައުގުވެރި ކުރުވުމަކީ ސްޓެލްކޯއިން ވަރަށް ގިނައިން ހިންގަ ހަރަކާތެކެެވެ. 

    ]]>
    Tue, 14 Mar 2023 16:58:00 +0500 ހީރަސް
    ސްޓެލްކޯގައި ޓެކްނީޝަން ޓްރެއިނިންގ ޕްރޮގްރާމެއް https://heerasnews.com/1134 https://heerasnews.com/1134 އިންޖީނު ރޫޅާ ރޭވުމަށް މުއައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ޓެކްނީޝަން ޓްރެއިނިްގ ޕްރޮގްރާމެއް ސްޓެލްކޯއިން ބާއްވައިފިއެވެ.

    ސްޓެލްކޯއިން މި ފަހަރު ބޭއްވީ ކަމިންސް QSK60 އަދި K50 އިންޖީނުތަކުގެ އަސްލު ސްޕެއަރ އާއި އެކު އޯވަހޯލް ކުރުމަށް ހާއްސަކޮށްގެން ބޭއްވި ޕްރޮގްރާމެކެވެ.

    ޓެކްނީޝަން ޓްރޭނިންގ މި ޕްރޮގްރާމްގެ ޕްރެކްޓިކަލް ސެޝަންތައް ބޭއްވީ ކ. މާފުށީގައއެވެ. ޕްރޮގްރާމްގެ ތިއަރީ ސެޝަންތައް ބާއްވާފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.

    ]]>
    Tue, 14 Mar 2023 16:37:55 +0500 ހީރަސް
    ސްޓެލްކޯ މުއައްޒަފުންނަށް ފަސްޓްއެއިޑް ޕްރޮގްރާމް https://heerasnews.com/1133 https://heerasnews.com/1133
    މަސައްކަތުގެ މާހައިލަކީ ރައްކާތެރި އަމަން ތަނަކަށް ހެދުމަކީ ސްޓެލްކޯއިން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ. މަސައްކަތުގެ މާހައުލުގައި މުއައްޒަފުންނަށް ދިމާވެދާނެ ސިއްހީ ކުއްލި ހާލަތްތަކަށް މުވައްޒަފުން އަހުލުވެރިވެ ކުރުވުމަކީ ސްޓެލްކޯގެ އެންމެ ބޮޑު އެއް އަމާޒެވެ. 

    ސިއްހީ ކުއްލި ހާލަތްތަކަށް މުއައްޒަފުން އަހުލުވެރިކުރުވައި ތައްޔާރުވެ ތިބުމަށް އުނގަންނައި ދިނުމުގެ ގޮތުން ސްޓެލްކޯއިން އެކިފެންވަރުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގަމުންދެއެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

    ފަސްޓް އެއިޑް ޕޮރޮގްރާމްގެ ދަށުން މުއައްޒަފުން ފުރަތަމައެހީގެ ހާއްސަ ފަންނީ މައުލޫމާތާއި ހުނަރު ވަނީ ހޯދާފައެވެ. ވަޒީފާގެ މާހައުލުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސްޓެލްކޯ އަބަދުވެސް އަހައްމިއްޔަތުކަން ދޭކަމެކެވެ.
    ]]>
    Tue, 14 Mar 2023 16:01:24 +0500 ހީރަސް
    ޔާމީނުގެ ހުކުން ހަރާން & ޔޫސުފް ނައީމްގެ ހުކުން ހަލާލް https://heerasnews.com/1132 https://heerasnews.com/1132 މީހުން މަރައިގެން ޖަލުހުކުމް ތަންފީޒު ކުރާ މީހުން ޖަލުގައި އެބަތިއްބެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުކުން ތަންފީޒު ކުރާ މީހުން އެބަތިއްބެވެ. ޑްރަގް ވިއްކައިގެންނާއި ބޮއެގެން ޖަލުހުކުންމުގައި އެތައް ބަޔަކު އެބަތިއްބެވެ. ވައްކަމާއި ހިޔާނާތުގެ ކުށުގައި ހުކުން ތަންފީޒުކުރާ މީހުން އެބަތިއްބެވެ. މަނީލޯންޑަރިންނާއި ރިޝްވަތުގެ ކުށުގައި ޖަލުހުކުން ތަންފީޒުކުރާ މީހުން ޖަލުގައި އެބަތިއްބެވެ.

    އަފްރާޝީމްގެ ގާތިލު ހުމާމް  ވެސް މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފިއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހުކުން ތަންފީޒުކުރާ އަދީބާއި ޒިޔަތުވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާ ކަމަށްވެއެވެ. ރިޝްވަތުގެ ކުށުގައި ހުކުމް ތަންފީޒު ކުރާ ޔޫސުފް ނައީމް ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން އުޅޭކަމަށް ބެލެއެވެ. އަދިވެސް ޖަލު ހުކުން ތަންފީޒުކުރާ ކިތަންމެ ބަޔަކު އަންނަ ރިޔާސީ އިންތިހާބުގައ ވާދަކުރަން ނިންމާފައި އޮތްކަމަށް ވެއެވެ.

    ޖަލު ހުކުމެއްގައި ތިބީތީ ބުނެވިދިޔަ ފަދަ އެތައް ބަޔަކަށް އަންނަ ރިޔާސީ އިންތިހާބުގައި ބައިވެރި ވުމުގެ ފުރުސަތު އޮތީ ބަންދުވެފައެ. ގިނަބަޔަކު ތާއީދުކުރުމަކީ އެމީހެއްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒު ނުކުރެވެންވީ ސަބަބެއް ނޫނެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކުރުމަކީ ނުވަތަ ވަކިބަޔެއްގެ ރިޔާސީ ޓިކެޓް ގައިދީއަކަށް ދިނުމަކީ އެ ގައިދީއަކު މިނިވަން ކުރަން ޖެހޭ ކަމެއްނޫނެވެ. އިންތިހާބެއްގެ އިންސާފާއި ގުޅުފައި އޮންނަނީ ޖަލުތަކުގެ ގޮޅިތަކަކާއި ނޫނެވެ. ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވާނީ ޖަލުގައި ހުރި ވަކި މީހަކު ދޫކޮށް ލައިގެނެއް ނޫނެވެ. އަންނަ ރިޔާސީ އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ދޫކޮށްލަންވީ ޔާމީނު އެކަންޏެއް ނޫނެވެ. ކާފަ ކިޔާ ކުޑަކުޑަ އަންހެން ދަރިއަށް ޖިންސީ ގޯނާކޮށްގެން 25 އަހަރަށް ޖަލަށްލާފައިހުރި ކަނޑުހުޅުދޫ އިބްރާހީމް ދީދީ (62 އަހަރު) ވެސް ވާނީ ދޫކޮށް ލާށެވެ. ހުމާމާއި ޒިޔަތާއި އަދީބާއި ޝަހުމު ވެސް ބަންދުގައި ތިބެގެން ނުވާނެއެވެ.

    ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ވައްދާފައި އެހުރީ ޔާމީނު ދޫކޮށްލަން ގޮވާށެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ހުރެ ދައުލަތް ދަވާލައިގެން ކުށްސާބިތުވެފައިވާ ބޮޑު ވަގެއްގެ ދިފާއުގައި އަނގަފުޅާކުރާއިރު ޖަލުގައި ދެން އެތިބީ ދިވެހި ރައްޔިތުންނަށް ނުވަނީ ހެއްޔެވެ. ޕީޕީއެމުގެ އިންސާފަކީ ޔަމީނެވެ. ޔާމީނުގެ ހުކުން ހަރާން ވާއިރު ޔޫސުފްނައީމްގެ ހުކުން ހަލާލެވެ. 

    ]]>
    Tue, 14 Mar 2023 11:15:34 +0500 ހީރަސް
    ފަރެސްމާތޮޑާ ކަރަންޓް 1250 އިން 1800ކިލޯވޮޓަށް https://heerasnews.com/1131 https://heerasnews.com/1131 ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތު ތަންފީޒުކޮށް ދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. 150 ރަށުގައި ހަމަހަމަ ކަމާއެކު ފެނާއި ނަރުދަމާއައި ކަރަންޓްގެ ހިދުމަތް ދިނުމަށް ހުއްޓުމެއް ނެތި ގިނަގުނަ މަސައްކަތްތަކެއް ފެނަކަ ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ.

    ފެނަކަ ޓީމުގެ ހިވާގި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދުގެ ހަރުދަނާ ހިންގުންތެރިކަމުގެ ދަށުން ޓީމް ފެނަކަ މަސައްކަތުގައި ބޮޑެތި ކާމިޔާބީ ތަކެއް ދަނީ ހޯދަމުންނެވެ. 

    ރައްޔިތުންގެ ކަންފަތްތައް ބައްކުރުވި ހަރުހަޑާއި، މުޅި ޖައްވު ކިލަނބު ކުރުވި ބޯދުމާއި ގެދަބުޅިއާއި ތެލުން ތަގައްޔަރު ކުރުވި ފެންނުން ގދ. ފަރެސްމާތޮޑާގެ ރައްޔިތުން އިއްޔެ ފެނަކައިން އެ ވަނީ މިންޖު ކޮށްދީފައެވެ.  22 އަހަރު ވަންދެން ފަރެސް މާތޮޑާގައި ހިންގަމުން އައި ބައު އިންޖީނުގޭގައި ތަޅުއަޅުވާ މުޅިން އާ ޒަމާނީ އިންޖީނުގެ އަކަށް އެ ރަށުގައި ކަރަންޓް ދިނުމުގެ ހިދުމަތް ހިޖުރަ ކުރުވާފައެވެ.

    އެންމެ ޒަމާނީ ފެންވަރުގައި ވަސީލަތްތައް ފުރިހަމަކޮށް ރައްޔިތުންނަށް ތަކުލީފަކަށް ނުވާނޭ ފަދަ މުޅިން އައު އިންޖީނުގެއެއް ބިނާކޮށް އެ ތަނުން ފަރެސްމަތޮޑާގައި ކަރަންޓް ދޭން މިއަދު އެވަނީ ފަށާފައެވެ. ފަރެސްމާތޮޑާގައި އަލަށް އިމާރާތްކޮށް ނިންމި މަރުކަޒީ އިންޖީނުގެ ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

    އަލަށް ހުޅުވި އިންޖީނުގޭގައި ވަނީ 400 ކިލޯވޯޓްއާއި 600 އަދި 800 ކިލޯވޮޓްގެ ތިން ޖެނަރޭޓަރ ސެޓް ބަހައްޓައިފައިވެއެވެ. ކުރިން އެ ރަށަށް ހިދުމަތް ދިނީ 250އާއި 400އާއި 600 ކިލޯވޮޓްގެ ތިން ޖެންސެޓުންނެވެ.

    ]]>
    Tue, 14 Mar 2023 09:45:53 +0500 ހީރަސް
    އަންނާރު ނުކަނީ ކީއްވެ https://heerasnews.com/1130 https://heerasnews.com/1130 އިންސާނުން ކެއުމަށް ބޭނުންކުރެވޭ އެންމެ ދުވަސްވީ ގަދީމީ މޭވާ ކަމުގައި ބުނެވެނީ އަންނާރެވެ. އަންނާރު އަކީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އާއްމުކޮށް އަންނާރު ކައި ނޫޅެންވީ ކީއްވެ ހެއްޔެވެ. އަންނާރަކީ އާއްމުކޮށް ނުކައިތިބެންވާ ވަރުގެ މޭވާއެއް ނޫނެވެ. އަނގަޔަށް މީރު ސިއްހީ އެތައް ފައިދާއެއް އެކުލެވޭ އަނާރުގެ ސިއްހީ ފައިދާތަކަށް ބަލާލަމާ ހެއްޔެވެ. 

    • އަންނާރަކީ ސްޓްރޯކް ޖެހުމާއި ހާރޓް އެޓޭކް ޖެހުން ފަދަ ހިތާއި ލޭ ހޮޅިތަކާއި ގުޅުން ހުރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ މޭވާއެކެވެ. އަންނާރު ޖޫސް ކޮންމެ ދުވަހަކު ބޭނުންކުރުމަކީ ހަށިގަނޑުގައި ލޭދައުރުވުން ރަގަޅުކުރުމުގައި އެހީތެރިވެދޭ ކަމެކެވެ. އަންނާރުގައި ހިމެނޭ ތަފާތު އެންޓި އޮކްސިޑެންޓުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައި ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެއެވެ. ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކުން ދުރުކޮށްދީ ލޭގައި ނުރަގަޅު ސަރުބީގެ އަދަދު ދަށްކޮށް ރަގަޅު ސަރުބީގެ މިންވަރު އިތުރު ކުރުވައެވެ.
    • އަންނާރުގައި ހުންނަ ބާރުގަދަ އެންޓި އޮކްސިޑެންޓް "ފްލޭވޮނޮއިޑް"އަކީ ހަށިގަނޑުގެ ސެލްތަކަށް ލިބޭގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ. އެހެންކަމުން ހަށިގަނޑު ކެންސަރުން ރައްކާތެރިކޮށްދެއެވެ.  
    • މައިމީހާ އަންނާރު ޖޫސް ބޭނުން ކުރުމަކީ ތުއްތު ދަރިފުޅުގެ ސިކުނޑިއަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ.
    • ކޮންމެ ދުވަހަކު 1.7 އައުންސްގެ އަންނާރު ޖޫސް ބޭނުންކުރުމަކީ ސްޓޮލިކް ޕްރެޝަރ 5 އިންސައްތަ ދަށްވާ ކަމެކެވެ.
    • އަންނާރު ބޭނުންކުރުމުން ހަކުރު ބަލި، ހުޅުތައް ދުޅަވުން، އަދި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
    • އަންނާރުގައި އެކުލެވޭ ހާއްސަ ސިފަތަކެއްގެ ސަބަބުން، ލޭހޮޅިތައް ބޯވެ، ހަރުކޮށްލާ ބަލިތަކާއި، ހުޅާއި މަޑުކަށިތައް ހަލާކުކޮށްލާ ބަލިތަކަށް މި މޭވާ ބޭނުންކޮށްގެން ލުއެއް ހޯދެއެވެ.
    • އަންނާރު ޖޫސް ބޭނުން ކުރުމަކީ އުރަމަތީގެ ކެންސަރު ޖައްސާ ސެލްތައް ގަނޑެއްގެ ސިފައިގައި އެއްވެ ބޮޑުވުން މަނާކޮށްދޭ ކަމެކެވެ. އެއާއި އެކު އެފަދަ ސެލްތައް ހަލާކުކޮށް ނެތިކޮށްލާ ދެއެވެ.
    • އާއްމުކޮށް އަންނާރު ބޭނުންކުރުމުން ފުއްޕާމޭގެ ކެންސަރުގެ ސެލްތައް ބޮޑުވުން ހުއްޓުވައި ޓިއުމަރު ހިންދާލައެވެ. 
    • ޕްރޮސްޓޭޓް ކެންސަރުގެ ސެލްތައް އުފެދި ބޮޑުވުން އަންނާރު ބޭނުންކުރުމުން ހުއްޓެއެވެ.
    • އަންނާރުގައި ވަރަށް ގިނައިން އަޔަން ހުރެއެވެ. އެހެންކަމުން ލޭމަދުވުމުމާއއި ވަރުބަލިވުމާއި ބޯއެނބުރުމާއި ވަރުދެރަވުން ކުޑަކޮށްދޭ އެއްޗަކަށް އަންނާރުވެއެވެ.
    • އަންނާރު ޖޫހަކީ މަޑުކަށި ހަލާކުވުން ހުއްޓުވާ އެއްޗެކެވެ. 
    • އަންނާރަކީ ތަފާތު ވިޓަމިނުން މުއްސަދިވެފައިވާ މޭވާ އެކެވެ. އަންނާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑް ހިމެނެއެވެ.
    • އާންމުކޮށް އަންނާރު ބޭނުން ކުރުމަކީ ދަތުގައި މެރައާއި ކޮބަޑި ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭނެ ކަމެކެވެ.
    • ބޭރަށް ހިންގުން ފަދަ ހާލަތްތަކުގައި ފޮނިތޮށި ކާފޫރު ތޮޅިއާއި އެކު އަންނާރު ކެއުމުން ބޭރަށް ހިންގުން ރަގަޅުކޮށްދެއެވެ.
    • ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވިޔަނުދީ ހިފަހައްޓައެވެ.
    • ކަރުތެރެ ހަލާކުވުމުން ދުރުކޮށް ދެއެވެ.
    • އެލްޒެއިމާ ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށް ދެއެވެ.
    • ދިފާއީ ބާރު ވަރުގަދަކޮށްދެއެވެ.
    • ވައިރަސްތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިދެއެވެ.
    • އަރިދަފުސް ރޯގާޖެހުން ކުޑަކޮށް ދެއެވެ.
    • އަޑުކުރަކިވެ، ނުވަތަ އަޑު ގޮސްފައިވާނަމަ އަންނާރު ޖޫސް ބޭނުންކޮށްގެން އަގަދޮވުން ފަރުވާއެއް ކަމުގައި ފުދެއެވެ.
    • އަންނާރު މާމުޔާއި އެކު ބޭނުންކުރުމުން ކަންފަތުގައި އުފެދޭ ރިހުން ކުޑަކޮށްދެއެވެ.
    • ގުރުދާގެ ބަލިތައް ކުޑަކޮށްދީ ހަޖަމު ރަގަޅުކޮށް، ކާހިތްވުން އިތުރުކޮށްދެއެވެ.
    • ލޮލުގެ ފެނުން ސާފުކުރުމުގައި ވެސް އަންނާރު ބޭނުން ކުރުން އެހީއަކަށް ވެއެވެ.
    • ބަނޑުގައި ރިހުން ކުރިމަތިވުމުން ކުޑަލޮނު ކޮޅަކާއި އަސޭމިރުސް ކޮޅަކާއި އެކު އަންނާރު ބޭނުންކުރުމުން ރިހުން ފިލައިދެއެވެ.
    • ހިރުގަނޑާއި، ދަތުގެ ބަލިތައް ކުޑަކޮށްދިނުމުގައި ވެސް އަންނާރު އެހީތެރިވެދެއެވެ.
    • ދުވަސްނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
    ]]>
    Sun, 12 Mar 2023 16:56:50 +0500 ހީރަސް
    ގާސިމަކާ ކުޅިކުޅިވަރެއް ނުކުޅެވޭނެ! https://heerasnews.com/1129 https://heerasnews.com/1129 ރާއްޖޭގެ ސިޔާސީ ނާރެހުގައި އެންމެ ދުރު ވިސްނިވަޑައިގަންނަވާ އެއް ބޭފުޅަކީ ގާސިމް އިބްރާހީމްއެވެ. ސިޔާސީ ގޮތުން ގާސިމް އިބްރާހީމް ޅައެއްޗެއް އަޅުއްވާފައެއް ނެތެވެ. "ނީޑް ބެޓަރ ޑިމޮކްރަސީ" އިން ފެއްޓެވި ސިޔާސީ ދަތުރުގައި ގާސިމު ބޭނުންފުޅުވެ ވަޑައިގަތް މިސްރާބަކަށް ގައުމުގެ ސިޔާސީ މިސްރާބު އަބަދުވެސް ބަދަލުކޮށް ލައްވައެވެ. ސިޔާސީ ގޮތުން އެމީހާ މިމީހާ ރަނގަޅަށް އެނގިވަޑައިގެން ހުންނަވައެވެ. 

    ރައީސް މައުމޫނުގެ ވެރިކަމުގައި ގާނޫނު އަސާސީ އިސްލާހު ކުރަން ކުރެވުނު މަސައްކަތް ކުރެވުނީ މައުމޫނުގެ ބިޔަ މެޖޯރިޓީ އޮތް ހާއްސަ މަޖިލީހަކުންނެވެ. ސިޔާސީ އިސްލާހަށް މަސައްކަތްކުރެއްވި ބޭފުޅުންގެ ބަސްވިކޭ ވަރުގެ މެޖޯރިޓީއެއް އެ ހާއްސަ މަޖިލީހަކު ނެތެވެ. ހާއްސަ މަޖިލިސް އެއްކުރެވުނު ފުރަތަމަ ދުވަހު ވެސް އެ މަޖިލީހުގެ ރައީސަކަށް އިސްލާހީ ހަރަކާތުގެ މަދު މެންބަރުން ކޮޅު ބޭނުންވީ ގާސިމް ގެންނާށެވެ. އެހެނަސް އެދުވަހު އެކަމެއް ނުވިއެވެ. އެކަމުގައިވެސް ދަނޑިވަޅު ބައްލަވާ ގާސިމް އިބްރާހީމް އެނގަކުރި ހިއްޕެވީ ވަރަށް މޮޅަށެވެ. 

    މައުމޫނުގެ މާލީވަޒީރު ކަމާއި ޑީއާރުޕީގެ ނައިބު ޒައީމްކަން ހޯއްދަވައިގެން މައުމޫނުގެ ބިޔަ މެޖޯރިޓީގެ ރުހުމާއެކު ލިބުނަ ނުދޭން އުޅުނު ހާއްސަ މަޖިލީހުގެ ރައީސްކަން ފަސޭހަ ކަމާއެކު ހޯއްދެވިއެވެ. ގާނޫނު އަސާސީގެ ބިސްމިނުން ފެށިގެން ވައްސަލާމަށް ގާނޫނު އަސާސީ ލިޔެ ފާސްކޮށް ޑިމޮކްރެޓިކް ގާނޫނު އަސާސީއެއް ދިވެހިންނަށް ހޯއްދަވާ ދެއްވީ ގާސިމް އިބްރާހީމް ރައީސް ކަމުގައި އިންނެވި މަޖިލީހަކުންނެވެ.

    ގާނޫނު އަސާސީ ނިންމާ ޖުމްހޫރިޕާޓީ އުފައްދަވާ ވަތަން އެދޭ އިއްތިހާދުގެ ތެރެއިން މައުމޫނު ބަލި ކުރައްވާ އެމްޑީޕީ އިސްވެ އޮތް ޑިމޮކްރެޓިކް ސަރުކާރެއް އުފެއްދުމުގައި އިސްވެ ހުންނެވީ ގާސިމެވެ. ޑިމޮރެޓިކް ފުރަތަމަ ރައީސް މުހައްމަދު ނަޝީދުގެ ނޭންގާނިކަން ބޮޑުވެ އެތަކެއް މުސީބާތްތައް ވަކިވަކި މީހުންނަށާއި ގައުމަށް ޖެއްސެވިއެވެ. ގާސިމް " ޖީޓީ މަނިކަށް ހަދާލުން" އެއީ އަމާޒު ކަމުގައި ހިއްޕަވައިގެން ޕެރަޑައިޒްއަށް ފުލުހުން އަރުވާ އެ ރިސޯޓުގެ ސްޕާ ބަންދުކޮށް އަމިއްލަފުޅު ރިސޯޓް ތަކަށް ގަވައިދުން އެތެރެކޮށްފައި ހުރި ބަނގުރާ ހިފަހައްޓާ ކޮންފިސްކޭޓްކޮށް މާލީ ބޮޑެތި އެތައް ގެއްލުން ތަކެއް ގާސިމަށް ކުރިމަތި ކުރުވިއެވެ. ރައީސް ނަޝީދު ޒާތީވެ ވަޑައިގެން އަމިއްލަ ދޫފުޅުން ގާސިމަށް ނިސްބަތް ކުރައްވާ ވިދާޅުނުވާ ކުނިފުޅައެއް ނެތެވެ. ރައްޔިތުންގެ ކުރިމަތީގައި ގާސިމަކީ އިހުތިރާމެއް ގަދަރެއް ނެތް ގައުމު ވީދައިގެން ކާ މީހެއްކަމަށް ސިފަކޮށްދިނެވެ. ކަންކަން އެހިސާބަށް ދިޔުމުން ރައީސް ނަޝީދާ ދެކޮޅަށް ވަރުގަދަ އިއްތިހާދެއް އެކުލަވާލައި ކޮޅަށް ޖެއްސެވިއެވެ. ނަތީޖާއަކަށްވީ ރައީސް ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވުމެވެ. ނަޝީދުގެ ވެރިކަން ވެއްޓި އެމްޑީޕީ މަގުމަތިވުމެވެ.

    ޑރ. ވަހީދުގެ ބަގަވީ ސަރުކާރަށް ފަހު ރައީސް ޔާމީނު ވެރިކަމަށް ގެނައުމުގައި ގާސިމްގެ ދައުރު ބޮޑެވެ. ރައީސް ނަޝީދާއެކު ކުރެއްވުނު ތަޖުރިބާއަށް ވުރެ ހިތި އަނިޔާވެރި ތަޖުރިބާ ޔާމީނާއެކު ކުރެއްވުމަށް ފަހު ރައީސް ސާލިހު ވެރިކަމަށް ގެންނެވުމުގައި ގާސިމުގެ އެހީތެރިކަން އިންތިހާއަށް ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ސާލިހުގެ ވެރިކަމަކީ އެންމެ ބޮޑު ހަމަޖެހުމެއް ގައުމަށާއި ގާސިމަށް ވެސް ލިބިވަޑައިގެން ވެރިކަން ކަމަށް ގާސިމު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ފިއްތުން ތަކާއެކުވެސް ކޯލިޝަން ސަރުކާރު ނަގަހައްޓަވާ ދަމަހައްޓަވާ ރައްޔިތުންގެ ތެރެއަށް ހަމަޖެހުން ގެނެސް ދެއްވުމުގައި ރައީސް ސޯލިހު ސިޔާސަތާއި ގައުމު ހިންގެވުމަށް ގާސިމް ސެލިއުޓް ކުރައްވައެވެ. 

    ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކަންކަން ވާގޮތަކުން ގައުމު އަނެއްކާ ފާލުން ނައްޓާލަން އެދިވަޑައި ނުގަންނަވާނެ ބޭފުޅަކީ ގާސިމެވެ. ރައީސް ނަޝީދާއި ބައިއަތު ހިއްޕަވައިގެން ގާސިމު ސަރުކާރެއް އުފެއްދެވިޔަސް އެ ސަރުކާރަކަށް ވެގެން ދާނެ ގޮތް އެންމެ ރަނގަޅަށް އެނގި ވަޑައިގަންނަވާނީ ގާސިމަށެވެ. ހިނގަމުން މިދާ ކޯލިޝަން ސަރުކާރުގައި ކޯލިޝަން ޕާޓްނަރުންނަށް ޖާގަ އޮތްލެއް ބޮޑުކަމުން އެކަމާ ދެކޮޅަށް އަޑުއުފުލާ އިދިކޮޅަށް ވުރެ އިދިކޮޅުވެގެން އުޅެނީ ކާކުކަން ގާސިމަކަށް އޮޅިވަޑައެއް ނުގަންނަވައެވެ.

    އެންމެ ފަހުން އޮތް މަޖިލިސް ރައީސް ހޮވުމުގައި ކަންކަން ވެގެން ދިޔަ ގޮތް ގާސިމު ހަނދުމަފުޅެއް ނުނެތޭނެއެވެ. ވަތަން އެދޭ އިއްތިހާދުގެ ހޯމް މިނިސްޓަރ ކަމުން 21 ދުވަސް ތެރޭގައި ވަކިވެ ވަޑައިގަންނަވަން ޖެހިވަޑައިގަތް ގޮތް ހަދުމަފުޅެއް ނުނެތޭނެއެވެ. ޔާމީނާ އެއްގޮޅީގައި ގާސިމު ދޫނިދޫ ޖަލުގައި ބޭއްވެވި ހައްގެއްނެތް އަނިޔާވެރިކަން ހަނދުމަފުޅުން ކައްސައެއް ނުލާނެއެވެ. އަމިއްލަފުޅު ޖާނާ މާލު ގުރުބާން ކުރައްވައިގެން ފައްޓަވާ ދިރުވާ ދެމެހެއްޓެވި އިސްލާހީ ހަރަކާތާއި އެމްޑީޕީއަށް ވެރިވެ ގަތްގޮތް ގާސިމު ހަނދުމަފުޅެއް ނުނެތޭނެއެވެ.

    އާނއެކެވެ. ސިޔާސީ ބުރަދަނެއް ހުރި ކޮންމެ މީހަކާ ގާސިމު މަޝްވަރާ ކުރައްވާނެއެވެ. ދެންމެ ދެންމެ ކޯލިޝަން ހައްދަވާފާނެއޭ ހީވާ ވަރަށް އެކުގައި އުޅުއްވާ ވެސް ފާނެއެވެ. ދިމަދިމާލުން އައިސް ގަނޑުވެ ތޮއްޖެހި ރިޔާސީ އިންތިހާބާ ދިމާކޮށް ކެންޕޭނު ކުރުމުގެ ނަމުގައި ފައިސާ ހޯދަން ފަހަތްޕުޅުގާ މުގޯލިއަޅާ މީހުންގެ ހަގީގަތް ގާސިމަށް ނިކަން ރަނގަޅަށް ސާފުވާނެއެވެ. ރަގުރާގަށް ދައްކާ ކުލަ ހުވަފެނުގެ ހަގީގަތަކީ ކޮބައިކަމާއި ގާސިމްގެ ފަހަރު ކަމަށް ބުނެ ދައްކާ އަވާ މެންދުރުގައި ގާސިމް ޖެހިވަޑައި ގަންނަވާނެ ނަމަ ލަސްކޮށް ފަސްކޮށް ކެންޑިޑެންސީ އިއުލާނު ނުކުރައްވާ މިހާރަކު ނުހުންނަވާނެއެވެ.

    ގާސިމް އިބްރާހީމަކީ ސިޔާސީ ގޮތުން ކުޅިވަރު ކުޅުއްވާ ބޭފުޅެއް ނޫނެވެ. ވިސްނުންތެރި ކަމާއެކު ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅެއް ނޫނީ ނާޅުއްވާނެއެވެ. ގާސިމުގެ ބައިވެރިވެ ވަޑައިގަތުމާއެކު ރާއްޖެ މިހާރު ދެކެމުން މިދާ އަމާންކަމާއި ހަމަޖެހުމާއި ކުރިއެރުމުގައި ކޮޅުފައިން ޖައްސަވާނެ ބޭފުޅަކަށް ގާސިމު ވެވަޑައެއް ނުގަންނަވާނެއެވެ.  

    ]]>
    Sun, 12 Mar 2023 14:49:38 +0500 ހީރަސް
    އިބޫއާއި ބައްދަލުކުރުމުން ޖަރުމަނު ރައީސް ރައީސަކަށްނުވި https://heerasnews.com/1128 https://heerasnews.com/1128 ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާއި ބައްދަލުކުރެއްވިއެވެ. ދެ ރައީސުންގެ އެ ބައްދަލުކުރެއްވުމަކީ އެއްވެސް ހުރުމަތެއް ނެތް ތާކުންތާކު ނުޖެހޭ ބައްދަލުކުރެއް ވުމެއްކަމަށް ސިފަކޮށްދޭން އިދިކޮޅުން ލައްކަ ސަކަރާތް ޖަހައިފިއެވެ. ހަސަދަވެރިކަމާއި ފިތުނަވެރިކަން ބައެއްގައި ހުންނާނީ މިހާކަށް ވަރަށެވެ. 

    ޖަރުމަނުގެ ރައީސަކީ އާރެއް ބާރެއްނެތް ސޮހޮލެއްގެ ގޮތުގައި އާއްމުންނަށް ވިސްނާދޭން އިދިކޮޅުން އެބަ ގައިވީދައެވެ. ރައީސް ސާލިހަށް ދުނިޔޭގެ އުރައްޕަތެއް ހުރި ވެރިއަކާ ބައްދަލު ނުވެވޭކަން ދެއްކުމަށް ފުމެއެރުވި ވަރަކަށް ފައިބަނީ އެބައިގަނޑުގެ ހުޅުބެވެ. ގެއްލެނީ އިތުބާރެވެ. ކިތަންމެ ބޮޑުތެދެއް އިދިކޮޅުން  ހެދިޔަސް ގާބޫލުކުރާ މީހަކު މިހާރަކު ނޫޅެއެވެ.

    ކުކުޅަށް ވުރެ ބިސްދޮށިވެގެން ޓްވީޓްކުރާ ރޯނުއެދުރު ނޫސްވެރިޔާ ރައީސްގެ ދެކަނބަލުންގެ އިސްތަށިފުޅުގައި ދޮގު ތުހުމަތު އަޅުވާ ބަދުނާމު ކުރަން އުޅެން ހަދައިގެން ބަރަހަނާ ވަނީ ތިމާ މީހާއެވެ. އެންމެ ފަހުން އަނގަ އަށްޕަތަކަން ހަދަން ޖެހުނީ ޖަރުމަން ކައުންސިލް އެންޑްރިޔަސް ޓްވީޓަކުން ތަފާލެއް އެޅީމައެވެ.

    ރާއްޖެއާއި ޖަރުމަނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޖަރުމަނުގެ ރައީސަށް ކުރެއްވޭނެ ކަމެއް އޮތްކަމަކަށް ބްރާންތިކަމުން އިދިކޮޅަށް ގަބޫލެއް ނުކުރެވެއެވެ. ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެރައީސް ކުރައްވާ މަސްވަރާއަކުން އެއްވެސް ހެޔޮ ނަތީޖާއެއް ފެންނާނެ ކަމަކަށް އިދިކޮޅު މައުތުޕީސްގެ މަވެތި ނޫސްވެރިޔާވެސް ގަބޫލެއް ނުކުރެއެވެ. 

    ރާއްޖޭގެ މަސް އެކްސްޕޯޓުކުރުމަށް ޓެރިފް ރޭޓް ކަނޑައެޅުމާއި ދިވެހިންނަށް ވިސާގެ ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ޖަރުމަނުން އަދާކުރާ ދައުރުގައި ޖަރުމަނުގެ ރައީސަށް ކުރެއްވޭނެ އެއްކަމެއްވެސް އޮންނާނެކަމަށް އެ އުނި ސިކުނޑިތަކަކަށް ނުވިސްނެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ފުރުސަތުތަކާއި، ވައިގެ ދަތުރުފަތުރާއި، ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ފުޅާކުރުމާއިމެދު ދެ ރައީސުން ކުރެއްވި އެއްވެސް މަޝްވަރައަކީ ބުރަދަނެއް ހުރި ކަމަކަށް ނުވެޔޯލައެވެ. ރައީސް ސާލިހާ ބައްދަލު ކުރެއްވުމުން ޖަރުމަނުގެ ރައީސް ރައިސަކަށްވެސް ނުވިއެވެ.

    ]]>
    Sat, 11 Mar 2023 22:43:48 +0500 ހީރަސް
    ހިލޭއެހީއާއި ނުލައި ދައުލަތް ހިންގަން އިބޫ ވަރެއްނެތް https://heerasnews.com/1127 https://heerasnews.com/1127 މިދިޔަ އަހަރުން ފެށިގެން ފާހަގަވާ ކަމެއް އެބައޮތެވެ. އެއީ ދައުލަތުގެ ބަޖެޓްގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައި އޮންނަ ވަރަށް ހިލޭ އެހީ ނުލިބޭ ކަމަށް ބުނެ،  އިދިކޮޅަށް ވަފާތެރި ފަރާތްތަކުން ކުރާ އުފަލެވެ. 

    ހަފްތާއެއް، މަހެއް ފާއިތުވާ އިރަށް ދަނޑިމަހަކަށް ހަދައިގެން އެ ވާހަކަ ދައްކަން ފަށައެވެ. ހިލޭ އެހީގެ ގޮތުގައި އެވެނި މިވެނި ވަރު ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓްގައި ލަފާ ކޮށްފައި އޮވެމެ، މުކޮސް ނުލިބުނޭ ކިޔާ ފާޅުކުރާ އުފަލެވެ.

    މި އަހަރު ވެސް އެ ލަވަ ފަށައިފިއެވެ. އަހަރުގެ ފުރަތަމަ ދުވަސް ނިމުނު އިރު ލަފާކުރި ވަރަށް ހިލޭ އެހީ ނުލިބިގެން އެ މީހުން ވަނީ އަމަށަކު އުފަލެއް ނޫނެވެ. ގައުމު ބަނޑަށް ޖެހުމާއި، ރިޒާވް ހުސްވެ ރައްޔިތުން ހައިހޫނު ކަމުގައި އުޅޭތަން ބަލާހިތުން އަބަދާ އަބަދު ތިބެނީ ސިމި ސިމި ލައްވަން ކުޅު ދިޔާކޮށްގެން ފޫޓަކަށް ދޫނެރެގެން ދެ ކަންފަތްގަނޑު ވައްޓާލައިގެންނެވެ.

    އޯކޭއެވެ! ހިލޭ އެހީއެއް ނުލިބެއެވެ. އެ ނުލިބި ދައުލަތުގެ މާލިއްޔާ މެނޭޖްކޮށް ކަންކަން ކުރަނީ ރައީސް ސާލިހު ވަރަށް މޮޅު ވީމައެވެ.

    ކޮވިޑަށް ދުނިޔެ ހުއްޓުނު އިރު ރާއްޖެ ދުއްވައިގަތީ އިހުނަށް ވުރެ ބާރަށެވެ. ރެސޯރޓްތައް އޯވަރ ބުކްވެގެން އޮޔާދާ ގެސްޓުން ހޮވަން ކޯސްޓްގާޑް ނުކުންނަން  ނުޖެހޭތީ ނަސީބެކެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ފަޅު ރަށެއް ނުބަލާ ހުރިހާ ރަށެއްގައި ހިންގާ އެންމެ މަޝްރޫޢަކަށް ހުއްޓުމެއް ނައެވެ. ރިޒާވް ހުހެއް ނުވިއެވެ. ރައްޔިތުން ބަނޑަކަށް ނުޖެހެއެވެ. ﷲގެ ރަހުމަތްފުޅު ކިތަންމެހާވެސް ބޮޑީއެވެ. 

    އެއްބަހެވެ. ހިލޭ އެހީއެއް ނުލިބެއެވެ. ސީރިއާ އާއި ތުރުކީއަށް ވެސް އެންމެ ފަހުން އެހީ ދިނީ ރާއްޖޭންނެވެ. އަޅެ ރައީސް އިބޫ ސާލިހަށް ވުރެ މޮޅު، އެ އަށްވުރެ ގަދަ ލީޑަރަކު އެބަހުރި ހެއްޔެވެ؟ ނެތެވެ.

    ]]>
    Sat, 11 Mar 2023 18:37:08 +0500 ހީރަސް
    ޕީޕީއެމުން އަފްރާޝީމަށް ދިންކެހި ރިޒާއަށް ދޭނެ! https://heerasnews.com/1126 https://heerasnews.com/1126 ގުރައިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރ އިބްރާހީމް ރިޒާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

    މަރުހޫމް ރިޒާއަކީ މަޑުމައިތިރި ކެއްތެރި ހިތްހެޔޮ ބޭފުޅެކެވެ. ގަބޫލު ކުރައްވާ ސިޔާސީ ފިކުރާހެދި ޕްރޮފެޝަނާއި މަގާމް ކޮމްޕްރަމައިޒް ކުރެއްވި ބޭފުޅެއްނޫނެވެ. ހަގީގީ ޑިމޮކްރޭޓެކެވެ.

    ޕީޕީއެމްގައި ހުންނެވިޔަސް ލޯޔަރ ރިޒާ ބަޅުރުކުގެ އަޅަކަށް ވެވަޑައި ނުގަންނަވައެވެ. މަޖިލިސް މެންބަރ ރިޒާގެ ވަކިވެވަޑައި ގަތުމަކީ ގެއްލުމެކެވެ. އެކަމާ މެދު ހިތާމަ ކުރުން ހައްގު ވަކިވެ ވަޑައިގަތުމެކެވެ.

    ވަކިވެދިޔަ އިއްޒަތްތެރި މެންބަރ ރިޒާގެ ހަނދާނުގައި ހިތާމަ ފާޅުކޮށް ތައުބީނުގެ ޖަލްސާ ބާއްވާ ރިޒާގެ ޝަރަފުގައި ދާއިރާގެ މަޖިލިސް ޓިކެޓް މަރުހޫމް ރިޒާގެ ކޮއްކޯފުޅަށް ޕީޕީއެމުން އެރުވުމަކީ އިހުލާސްތެރިކަން އޭގައި އޮތްނަމަ ކިތަންމެހާވެސް ރަނގަޅުކަމެކެވެ. އެހެނަސް ގުރައިދޫ ދައިރާގެ ޓިކެޓް ރިޒާގެ ކޮއްކޯފުޅަށް ޕީޕީއެމުން އެރުވުމުން ކައިރި މާޒީގެ ހިތި ހަނދާނެއް ކެކިއަރައިގެންފިއެވެ. 

    ޕީޕީއެމްގައި ދެވަނައެއް ނެތް ޑރ. އަފްރާޝީމް އަލީގެ ހަނދާނެވެ. އަފްރާޝީމް ވަކިވެ ވަޑައިގަތުމުން ޕީޕީއެމުން ނުކުރަނީ ކީއްހެއްޔެވެ. އަފްރާޝީމްގެ ހަނދާނުގައި ކުރި ހުރިހާ ކަމަކީވެސް އެ މަނިކުފާނުގެ ނިސްބަތުގައި ހައްގު ކަންކަމެވެ. އަފްރާޝީމަށްޓަކައި ޕީޕީއެމުން ކުރި އެންމެ މުހިންމު އެއްކަމަކީ އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީނަށް ދާއިރާގެ ޓިކެޓް ދީގެން ހަމްދަރުދީގެ ވޯޓުން ރައްޔިތުންގެ މަޖިލިސްގެ މެންބަރު ކަމަށް އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީން ހޮވުމެވެ.

    އިބްރާހީމް އަމީން މަޖިލީހަށް ހޮވިވަޑައިގަތީ މެންބަރު ކަމަށް ކުރިމަތިލުމުގެ ގާނޫނީ ހުރިހާ އުންސުރެއް ހަމަވެގެން ކުށެއް ބުށެއް ނެތިއެވެ. ރެކޯޑްތައް ވަރަށް ސާފުކޮށް އޮވެގެންނެވެ. ދާއިރާގެ ލޯތްބައި ހަމްދަރުދީއާއި އެކުގައެވެ. 

    ޑރ. ވަހީދުގެ ބަގަވީ ވެރިކަން ނިމި ރައީސް ޔާމީނުގެ ވެރިކަން ފެށުނު އިރުވެސް އުގޫފާރު ދައިރާގެ އިއްޒަތްތެރި މެންބަރަކީ އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީނެވެ. ޕީޕީއެމްގެ އަރާ ބާރު އޮވެ ވެރިކަމުގެ ކުރީކޮޅު އެންމެ ފުރަތަމަވެސް ޔާމީނު ހަމަލާ ދިނީ އަފްރާޝީމްގެ ކޮއްކޮ އުގޫފާރު ދައިރާގެ މެންބަރު އަމީނަށެވެ. މެންބަރ އިބްރާހީމް އަމީނަށް މަޖިލިސް ގޮނޑިގެއްލުވާލުމަށްވުރެ އިސް އެއްވެސް އެހެންކަމެއް ރައީސް ޔާމީނުގެ ނެތެވެ. މެންބަރ ކަމުގެ މަގާމުގައި ހުންނަވައިގެން އަމީނު ކުރެއްވި ކުޑަވެސް ކުށެއްނެތިއެވެ. "ކުޑައިރު ގުއިކެއުން" ކަހަލަ މައްސަލައެއް ހޯދައިގެން ފްރޭމްކޮށްގެން މެންބަރު އަމީންގެ މައްޗަށް ހިޔާނާތުގެ ކުށެއް ސާބިތު ކުރުވީ ދައުރު ފުރިހަމަ ނުވަނީހެވެ. ރަހުމެއް ކުލުނެއް ނެތި މަޖިލިސް ގޮނޑި ގެއްލުވާލާ މެންބަރ އަމީނުގެ މުޅިހަޔާތް ޕީޕީއެމުން ބަނގުރޫޓް ކޮށްލީއެވެ. ޑރ. އަފްރާޝީމް ނެތުމުގެ ހިތާމައިގައި ތިބި އެ އާއިލާ މެންބަރު އަމީނަށް ދިން ވޭން ދެނިވި އަނިޔާއިން އިތުރަށް ބިކަކޮށްލީއެވެ.

     މެންބަރ ރިޒާގެ ޝަރަފުގައި ކަމަށް ބުނެ ލަވަކިޔާފައި ޕީޕީއެމުން މެންބަރު ރިޒާގެ ކޮއްކޯފުޅު އުސްތާޒު ހުސައިން ރިޒާއަށް ޓިކެޓް ދީފިއެވެ. ކުރިން ޑރ. އަފްރާޝީމްގެ އާއިލާއަށް ދިންކެހި ޕީޕީއެމުން މިފަހަރު އުސްތާޒް ރިޒާގެ އާއިލާއަށް ނުދީފިއްޔާ ރަނގަޅެވެ. އެދުވަހަކުން ލޮލުން ފެންނުހިކޭނެ ކިތަންމެ ބަޔަކު ތިބޭނެއެވެ. 

    ސިޔާސީ މަންފައަށްޓަކާ ޕީޕީއެމުން ކުރިން ގުރުބާން ކުރީ މެންބަރު އަމީނެވެ. މި ފަހަރު ކަތިލެވޭ ކަންބަޅިޔަކީ ލޯޔަރ ހުސައިން ރިޒާއަށް ނުވުމަށް ވުރެ ވުން ކައިރިއެވެ. ހަމަތެދެކެވެ. ވަކި ވަރަކަށް ވުރެ ބަޅުރުކަކުން ތެދު ގުޅިއެއް ހޯދަން ވަކަރަށް ޖަހާނީ މޮޔައެކެވެ. 

    ]]>
    Sat, 11 Mar 2023 16:19:34 +0500 ހީރަސް
    އެމްޕީއެލްގައި އަންހެން ކާޕެންޓަރެއް https://heerasnews.com/1125 https://heerasnews.com/1125 މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ކާމިޔާބު ޕްރޮގްރާމެކެވެ. ފަންނީ ރޮނގުތަކުން މީހުން ބިނާ ކުރުމުގައި މިންތީގެ ތަފާތެއް އެމްޕީއެލްގައި ނޯވެއެވެ. މީގެ ތިންމަސް ދުވަސްކުރިން ހިންގި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވީ އެންމެ އަންހެނެކެވެ.

    ލ. ގަމަށް އުފަން އުމުރުން 34 އަހަރުގެ ފާތިމަތު ޝިރުފާ އެމްޕީއެލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކޮށްގެން ފުލްޓައިމް މުއައްޒަފެއްގެ ގޮތުގައި އެމްޕީއެލްގައި މިހާރު މަސައްކަތްކުރަނީ ކާޕެންޓަރެއްގެ ގޮތުގައެވެ. އެއްވެސް ވަރަކަށް ޖެހިލުންނުވެ ވާނެ ކަމުގެ ޔަގީންކަން އޮވެ ޕްރޮގްރާމް ފުރިހަމަކޮށް ދާއިމީ ވަޒީފާ އެމްޕީއެލުން ހޯދަފައިވާ ޝިރުފާއަކީ ކަނބަލުންނަށް ރަނގަޅު މިސާލެކެވެ. އެކުގައި މަސައްކަތްކުރާ އެހެންމީހުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބިގެން ވަޒީފާ އަދާކުރުމުގައި ޝިރުފާއަށް އެއްވެސް ދައްޗެއް ނެތެވެ.

    ރަސްމީ މަސައްކަތްތަކުގައި ޝިރުފާއަށް ކަބަޑު ޖެހުމާއި ރޭނުމާއި ސިމެންތި ޖެހުމާއި ކުލަލުން ފަދަ ކަންކަން ކުރަންޖެހެއެވެ. އެފަދަ އެއްވެސް ކަމެއް ކުރާއިރު އަންހެނަކަށްވީތީ ދިމާވާ ގޮންޖެހުމެއް ޝިރުފައަށް އޮންނަ ކަމަކަށް ނުވެއެވެ.

    އެޕްރެންޓިސްޝިޕް ޕްރޮގުރާމް ނިމުމުން އެމްޕީއެލުން އޭނާއަށް ވަޒީފާ ހަމަޖައްސައިދިނީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް އެކުންފުނީގައި ކޮންމެ ދާއިރާ އަކުންވެސް އޮތްކަން ކަށަވަރު ކޮށްދެމުންނެވެ.

    އެމްޕީއެލުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގުރާމުތަކުގައި ގިނަ އަންހެނުންނަށް ހަމަހަމަ ފުރުސަތު ހުޅުވާލާފައި އޮވެއެވެ. ހެވީވެހިކަލް އޮޕަރޭޓުކުރުމާއި ވަޑާންކުރުމާއި އެނޫންވެސް ތަފާތު ދާއިރާތަކުން އަންހެނުންނަށް އެމްޕީއެލްގައި ފުރުސަތުތައް އޮތީ ފަހިކޮށެވެ.

    އަންހެނަކަށް ވިޔަސް ވަޑާން ކުރުންފަދަ ކަންކަމަކީވެސް ކުރެވޭނެ ކަންކަން ޝިރުފާ އެދަނީ ސާބިތުކޮށް ދެމުންނެވެ.

    ]]>
    Sat, 11 Mar 2023 14:46:06 +0500 ހީރަސް
    އެސްޓީއޯ ފަންނީ ރޮގުތަކުން އަންހެނުން ބާރުވެރި ކުރުވުން https://heerasnews.com/1124 https://heerasnews.com/1124 ޓެކްނިކަލް ދާއިރާތަކުން އަންހެނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެސްޓީއޯއިން ހާއްސަ ސްކޮލަޝިޕްތަކެއް ދިނުމަށް ނިންމި ނިންމުމަކީ މީހުން ބިނާ ކުރުމަށް ދޭ އިސްކަން ވަޒަންކުރެވޭ ކަމެކެވެ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެނުންނަށް ހާއްސަކޮސްގެން ފުރުސަތު ހުޅުވާލުމަކީ މިންތީގެ ހަމަހަމަކަމަށް އެސްޓީއޯ ސަމާލުކަން ދޭވަރު ހާމަ ކޮށްދޭ ކަމެކެވެ. 

    އެސްޓީއޯއިން ސްކޮލަޝިޕްގެ ފުރުސަތު https://twitter.com/stoplc ހުޅުވާލެވިފައިވަނީ 15 ބައިވެރިންނަށެވެ. އެޑްވާންސް ސެޓްފިކެޓް އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން އާއި އެޑްވާންސް ސެޓްފިކެޓް އިން ރެފްރިޖެރޭޝަން އެންޑް އެއާ-ކޮންޑިޝަނިންގ އާއި ސެޓްފިކެޓް ތްރީ އިން އިލެކްޓްރޯނިކްސްގެ ކޯހަށް އަންހެނުންނަށް ފުރުސަތު ހުޅުވައިލައިގެން އެކަނި ފުއްދާލަކަށް އެސްޓީއޯ ނުވިސްނައެވެ.

    ކޯސްތަކާއެކު ބައިވެރިންނަށް އެސްޓީއޯއިން ވަޒީފާ ޔަގީން ކޮށްދެއެވެ. ކޯސް ފުރިހަމަ ކުރުމުން އެލެވޭޓާ ޓެކްނީޝަނުންގެ ގޮތުގައާއި ސާވިސް ސަޕޯޓް ޓެކްނީޝަންސްގެ ގޮތުގައާއި ޕްރޮޑަކްޓް ސްޕެޝަލިސްޓުންގެ ވަޒީފާ އަދާކުރެވޭނެއެވެ.

    ޝައުގުވެރިވާ ފަރާތްތަކުން އިއުލާނުގައިވާ ކިއުއާރު ކޯޑް މެދުވެރިކޮށް ކޯހަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު މި މަހުގެ ނިޔަލަށް ކޯހަށް އެދި އެސްޓީއޯއަށް ހުށަހެޅުމުން ގެންދަންވީއެވެ. އިތުރު މައުލޫމާތު ހޯދުމަށް 1422 އަށް ގުޅަމުން ގެންދަން ހުރަހެއް ނެތެވެ. މެއިލް ކުރަންޖެހޭ އީމެއިލް އެދްރެހަކީ training.development@sto.mv އެވެ.

    ]]>
    Sat, 11 Mar 2023 14:03:34 +0500 ހީރަސް
    ގާސިމް ވެރިކަން ހިފައިގެން އެންދެރިމާގެއާ ދިމާއަށް! https://heerasnews.com/1123 https://heerasnews.com/1123 އެކިބޭނުން ތަކަށް މާލެފޭބި ރަށްފުށު މީހުން ކިޔެވި އެއްޗެއް ކިޔަވާ، ނުކިޔެވި މީހުން ކުރިކަމެެއް ކޮށް މުއްސަނދިކަމާއި ބާރުވެރިކަމާއި ނަންހުރި މަޝްހޫރު މީހުންނަށް ވެފައިތިބީ މަދެއްކޮށް ނޫނެވެ. 

    ކޮންމެ ގޮތެއް ވިޔަސް އެ މީހަކު ކުޑައިރުއްސުރެ މާލެފައިބާ ހުރިގެއަކީ ލައްކަ ބޮޑު އެއްޗެއް އެގެއަކާމެދު ފަހުންވެސް ހިތުގައި އޮންނަ ގެއެކެވެ. 

    ކުޑަދުވަހު އުޅުނީ ބާޒާރުކޮށް މަސްގަނެ ދަރުމާރު ކޮނޑުއަޅައިގެން އެ ގޭގެ ނޯކިރީ އަކަށް ކަމުގައިވިޔަސް ފަހުން ލިބުނު މޮޅެއް ލިބުމުގެ އަސްލު ގޮސް ގުޅެނީ މާލެފޭބި ގެއަށެވެ. 

    މާލޭގައި ނަންހުރި ގިނަ ބަޔަކުގެ ނަމުގެ ފަހަތަށް އެމީހާގެ ރަށުގެ ނަންލައިގެން މަޝްހޫރުވެފައި އޮންނަނީ އެއީ އެންމެ ފުރަތަމަ ބީރައްޓެއްސެއް ކަމުގައި ޖެހި ތައްގަނޑާ ހުރެވެސް ތޯއްޗެކެވެ. ކަނޑޫދޫ  ދޮންހުސޭނާއި ވައިކަރަދޫ އަލިކަތީބާއި އިހަވަންދޫ ޝާކިރާއި ދިއްދޫ އިބްރާހީމް ކަލޭފާނެވެ. އޭގެ ކުރިއަށް ކިޔާނަމަ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު މަހުޖަނު ގުޅީ އީސާ ކަލޭފާނެވެ. އެންޑީ އަކީ ނައިފަރު ދޮންކަލޭފާނުގެ ދަރިފަސް ކޮޅެވެ. ޑރ އެންޑީ އަބްދުﷲއާއި އެންޑީ ހަމީދާއި އަޒީއެވެ. 

    ޒަމާނަށް ރާއްޖެ ހޭލައިގަތްއިރުގެ އިލްމާއި ހުނަރާއި ތަނަވަސްކަމާއި ވިޔަފާރިއާއި ފަންނުވެރިކަމުގެ އަހުލުވެރިންނެވެ. 

    ޖުމްހޫރީޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަކީ އެންދެރިމާގެއަށް ގުލާނުކޮށްދޭން އުޅުނު މާމިގިލީ ކުއްޖެކެވެ. 

    ކާމިނީގެއިން ވަޑައިގެން އެންދެރިމާގޭގައި އާއިލާ ބިނާ ކުރެއްވި ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ބޮޑުބައިގާ ރާއްޖޭގެ އިގްތިސާދާއި ބާރާއި ވިޔަފާރީގެ މުގުލުގައި ހުންނެވީ މައުމޫންގެ ޅިޔަނު އިލްޔާސް އިބްރާހީމެވެ. އެއީ ގާސިމް އިބްރާހީމް ރާއްޖޭގެ ބޮޑު ސޭޓް ކަމަށް ނަންއުފުުލުނު މުއްދަތެވެ.

    ސިޔާސީ ބާރުވެރިކަން ކާމިނީގެއަށް ބުރަވަނީ އަބްދުﷲ ހަމީދާއި އަބްދުﷲ ޔާމީންގެ ބާރުގަދަވި ވަގުތު ތަކުގައެވެ. ގާސިމްގެ ތަނަވަސްކަން ނިސްބަތް ވަނީ އެންދެރިމާގެއަށް ކަމުގައި ދެކި ކާމިނީގޭ ބޭފުޅުންގެ ހިތްހަލާލު ލިބުމަކީ ގާސިމަށް ވަރަށް ނާދިރު ކަމެކެވެ. 

    އެމްޑީޕީ ބަލިކުރެވޭނެ އެހެން ގޮތެއްނެތި ކޯޓާ ހަމައިން 2013 ގައި ޔާމީނު ވެރިކަމަށް ގެނައުމަށް ހުރިހާ ހަސަދަ އެއް ފަރާތްކޮށް ކޯލިޝަނެއް ހަދައިގެން ޔާމީނަށް 2013ގެ ވެރިކަން ހޯދައިދިނެވެ. ތުއްތޮންބެ އަތުން ޕާޓީ ދަމައިގަނެ، ގާސިމާއި މައުމޫނުގެ ނަގުލުގައި ފަތްގަނޑެއްލާ ހޫރާލަން ޔާމީނަށް ވީލަހެއްވީ ވަތުގައި ފައިހަރުލާން ވީ ލަހެކެވެ.

    ޖަލުތަކުންނާއި އައިސީޔޫއާއި ހަމައިން ޖާނައިގެން ބެޗުނީ ކިރިޔާއެވެ. ރައީސް އިބްރާހީމް މުހަންމަދު ސާލިހާ ބައިއަތު ހިފާ 2018ގައި ޔާމީނުގެ ވެރިކަން ނިންމިއެވެ.

    ކުރިން ނުދެކޭ ހަމަޖެހުމާއި ކެތްތެރިކަމާއި ދޫދިނުމާއި މަޝްވަރާގެ ތެރޭން ރިޔާސީ ދައުރެއް މި ނިމެނީ އަދިކިރިޔާއެވެ. 

    ކޮވިޑްގެ ބަލިމަޑުމަޑުކަމާ އެކު ރައީސް އިބޫގެ އިސްތަށިފުޅަށް ގައުމު ޖަހާފައި ހުރިހާ ގޮލަގޮލާ އަރާ އެއްފަރާތްވެ ގެއްލުނީއެވެ. އެ ދައްޗާ އެކު ގޮސް ސަލާމަތުގެ އައްސޭރި ފެންނަން ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ދުވަހަކު ނުކުރާ އިންވެސްޓް ސަރުކާރުން ކޮށްފިއެވެ. 

    މިހިސާބަށް އާދެވުނު އިރު ރިޔާސީ އިންތިހާބް ނަގާބޯމަތިވާން ފެށުމާއެކު ޖުމްހޫރީޕާޓީއާއި މައުމޫންގެ އެމްއާރުއެމާއި އިލްޔާސް އިބްރާހީމްގެ ވާހަކަތައް  ފުއްކުދިވެ، ބައްދަލުވުންތައް ސިއްރުވެ ވައިއަޑުން އަޑުތައް މިކިޔަނީ އަނެއްކާ އެންދެރިމާގޭ ވެރިކަމެއް ހޯދަން ގާސިމް ނުކުންނަ ކަމަށެވެ. 

    އުމުރުގެ ގޮތުން މިފަހަރު މީ ގާސިމް ވެރިކަމަށް ނުކުމެވޭނެ ފަހު އަހަރު ކަމަށް ބެލެވޭތީ ގާސިމް ވަކިން ނުނުކުންނާނެ ކަމަށް ބެލުން ހެޔޮ ނުވާނެއެވެ. މައުމޫންގެ ބޭފުޅަކަށް ނައިބު ކިޔާފައިވެސް ރައީސް ކަމުގެ ކެންޑިޑޭޓަކަށް އެންމެ ހިތް ރުހެވޭނެ މީހަކީ ގާސިމެވެ. ރައީސް އިބްރާހީމް މުހައްމަދު  ސާލިހާ  އޮތް ދެކޮޅުވެރިކަމުގައި ހުޅުން ނެއްޓެންދެން އެންދެރިމާގެއަށް ވެރިކަން ހޯދައިދޭން ރައީސް ނަޝީދު ކޮނޑުވިއްދިއްޔާ މި ފަހަރު ވިއްދާނީ އެތަނުގައެވެ. ގަބޫލު ކުރާ ހަމައާއި  އުސޫލާއި ޕާޓީގެ އަސާސް ތަކަކީ މިހާރު ރައީސް ނަޝީދަށް އޮތް އެއްޗެއް ނޫނެވެ. ރައީސް ނަޝީދަށް ޔާމީނު އޯކޭ ވިޔަސް އެންދެރިމާގެ އަކަށް ޔާމީނު އޯކޭ އެއް ނޫނެވެ.  

    އެންމެ ކުޑަވެގެން ނައިބު ރައީސްކަން ނޫން އެއްޗެއް ކާނަލް ނާޒިމް ބޭނުމެއް ނުވެއެވެ. ޖުމްހޫރީ ޕާޓީ ފެލާލަން އުޅުނު ހިސާބުން ގާސިމާ ނާޒިމް އެއްގަލަކަށް  އެރޭކަށް ނެތެވެ.

    ކަމުވޮށި ކަމަށް ދެކިއުޅޭ މާލޭގެ މަދު ނަމަވެސް ބަޔަކަށް ހިންނަވަރު މީހަކު ވެރިކަމުގައި ހުރުން ހިތަކަށް ކެތެއް ނުވެއެވެ.

    ]]>
    Fri, 10 Mar 2023 14:53:01 +0500 ހީރަސް
    ހަންފަތުރަން ތުރާކުނުގައި ކުރި ގޮވާމުން ނިކުތް ކުރާގަނޑު https://heerasnews.com/1122 https://heerasnews.com/1122 އިންޑިއާ ރާއްޖެއަށް އަތްގަދަކޮށް އަޅުވެތި ކުރަން އުޅޭކަމަށް އެންމެ ބާރަށް ދައްކާ އެކަކީ އިންޑިއާ ނަސްލުގެ ދިވެއްސެކެވެ. އިންޑިއާ އައުޓުކުރަން މަތިހަށި ނަގާފައި މީހުނަށް ވަސްވާ ދެނީ އިންޑިއަން ދިވެއްސެކެވެ. ދިވެހި ގައުމިއްޔަތުގެ އަސަރުވެސް ނެތް ދިވެއްސެކެވެ. 

    އިންޑިއާ އައުޓްކުރަން މިއަދު ނިކުމެ އިސްވެ އެއުޅެނީ އިންޑިއާއިން ރާއްޖެއަށް އަތްގަދަ ކުރަން އައިސް އުތުރު ރަށެއްގައި ވަޒަންވެރިވި އިންޑިއާ މީހެއްގެ ކާފަ ދަރިއެކެވެ. އިންޑިޔާ މީހަކަށް ކާފަކިޔާ ސޮރު ރާއްޖޭގެ ވަޒީރުކަމަށް ދަންދެން ކޮށްފިއެވެ. ހަންފެތުރޭނީ މިހާކަށް ވަރަށެވެ. ވަޒީރުކަން ގެއްލި އަސްލު ދިވެހިންނަށް ދައުލަތުގެ ބާރުތައް ލިބުމުން ހަޖަމު ނުވެގެން އެހުރީ އިންޑިއާ އައުޓުކުރަން ނިކުމެއެވެ. 

    މާވަރުގަދަ ދިވެއްސަކަށް ވެގެން މިއަދު އިންޑިއާ އައުޓްކުރަން ނިކުމެ އެހުރީކީ އަސްލު ދިވެއްސެއް ނޫނެވެ. މިއަދު އިންޑިޔާ އައުޓްކުރަން ނިކުމެ ހުއްޓަސް އިންޑިއާމީހާ ވާނީ އިންޑިއާ މީހާއަށެވެ. އިންޑިއާ ނަސްލުން އައިސް ކުރިއްސުރެ ރާއްޖެއަށް އަތްގަދަ ކޮށްގެން ހުރި އިންޑިޔާ މީހާ ބޭރުނުކޮށް ބޭރުކުރާނެ އިތުރު އިންޑިއާއެއް ރާއްޖެއަކު ނެތެވެ. 

    އާނއެކެވެ. ތުރަކުނު ސައީދަކީ މައިފުށުން ތުރާކުނު މީހަކަށް ވެދާނެއެވެ. އެހެންނަމަވެސް ސައީދަކީ ބަފާފުށުން އިންޑިޔާ އިންޑިއާ މީހަކަށް ކާފަކިޔާ އިންޑިއާ ހަފަ ދަރިއެކެވެ. ކުރިއްސުރެ އިންޑިއާ ނަސްލުން ދަރިފަސްކޮޅު ރާއްޖޭގައި ގާއިމުކޮށްގެން ރާއްޖެއަށް އަތްގަދަކޮށްގެން އުޅޭ ބައިދިވެހިން ގައުމަށް އޮންނާނީ ކޮން ކުލުނެއް ހެއްޔެވެ. ސައީދުގެ ނަސްލު އައިސްފާ އޮތް ގޮތުން އެހެން މީހުނަށް ނިކަން ފަސޭހައިން އިނގިލި ދިއްކުރާނެއެވެ. ތިމާއަކީ ދިވެހި ނަސްލު މީހެއް ނޫން ވީމައެވެ.

    ކޮންމެ ބޭނުމެއްގައި ވެސް އެހެން ބަޔަކު ރާއްޖެ އައިސް އުޅެންޏާ ސައީދުމެން ކަހަލަ މީހުނަށް އެހެން މީހުން ފެންނާނީ ހަންފަތުރަން އައިސް އުޅޭ ބައެއްގެ ގޮތުގައެވެ. ތިމާއަކީ މާކުރިން ހަންފެތުރުމަށް ތުރާކުނުގައި ކުރި ގޮވާމުން ނިކުތް ކުރާގަނޑު ވިއްޔާއެވެ. އެންމެ ފުރަތަމަ އައުޓު ކުރަންވީ ސައީދުމެން ކަހަލަ ބައި އިންޑިއަނުންނެވެ.  

    ]]>
    Fri, 10 Mar 2023 14:12:38 +0500 ހީރަސް
    ކުންނާރެއް ނުކައި އެއްލާ ނުލާތި! https://heerasnews.com/1121 https://heerasnews.com/1121 ބިޔަ ގަހެއްގައި އަޅާ ކުދިކޮށް ހުންނަ ހުތް ފޮނި މޭވާ އެއްކަމުގައިވާ ކުންނާރަކީ ދިވެހިންނާ ފިސާރި ރައްޓެހި މޭވާއެކެވެ. ތަފާތު ވައްތަރުތައް ހުންނަ ކުންނާރަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ވެސް ކައިއުޅޭ މޭވާއެކެވެ. ކޮންމެވެސް ކޮންމެވެސް ކުންނާރެއް ނުކައި އެއްލާ ނުލާށެވެ.

    ކުންނާރުގެ ސިއްހީ ފައިދާ:-

    • ވިޓަމިންތަކާއި މައުދަންތައް: ކުންނާރުގައި ވަރަށް ގިނަ މައުދަންތަކާއި ވިޓަމިންތައް ހުރެއެވެ. ކުންނާރުގައި ހުންނަ މައިގަނޑު މައުދަންތަކުގެ ތެރޭގައި، ޕޮޓޭސިއަމް، ފޮސްފަރަސް، މެންގަނީޒް، ސޯޑިއަމް، ޒިންކު، ދަނގަޑު، ކޮޕަރ، އަދި ކެލްސިއަމް ހިމެނެއެވެ. ކުންނާރުގައި ހުންނަ ވިޓަމިން ތަކުގެ ތެރޭގައި، ވިޓަމިން ސީ، ރައިބޯފްލެވިން، އަދި ތިއެމިން ހިމެނެއެވެ. ހުތްމޭވާތަކުގައި ހުންނަ ވިޓަމިން ސީގެ 20 ގުނަ ކުންނާރުގައި ހުރެއެވެ. ކުންނާރުގައި ހިމެނޭ ވިޓަމިންތަކާއި މައުދަންތަކުގެ ސަބަބުން އަންނަނިވި ފައިދާކުރެއެވެ.
      • ބަނޑުގައި ރިހުން ލުއިކޮދިނުން
      • ހަލާކުވެފައިވާ ކަރުތެރެ ރަގަޅުކޮށް ދިނުން
      • ހިތާއި ލޭހޮޅިތަކުގެ މަސައްކަތަށް ވާގިވެރިވުން
      • ކާހިތްވުމަށް މަގުފަހި ކުރުން
      • ލޭހޮޅިތަކާއި ލޭނާރުތައް ސާފުކޮށް ދިނުން
    • އެމިނޯ އެސިޑް ތައް: ހަށިގަނޑު ފުރިހަމައަށް މަސައްކަތް ކުރުމަށް ޕްރޮޓީންގެ ތެރޭގައި ގުނާލެވޭ 24 އެމިނޯ އެސިޑް ބޭނުންވެއެވެ. ކުންނާރުގައި 24-18 އާއި ދެމެދުގެ އަދަދަކަށް އެމިނޯ އެސިޑް ހުރެއެވެ. ކުންނާރުގައި ހިމެނޭ އެމިނޯ އެސިޑް ތަކަކީ ހަށިގަނޑުގެ ވަރަށް ގިނަ ބައިތަކުގެ މަސައްކަތްތަކަށް ބޭނުންވާ މާއްދާ ތަކެކެވެ. އެގޮތުން ކައްޓާއި ހަމާއި މަހާއި ހޯރމޯނާއި ލެއާއި ނިއުރޯޓްރާންސްމިޓަރތަކާއި އެންޒައިމްތައް އުފައްދައި، އޭގެ މަސައްކަތްތައް ހަލުވިކޮށް ފުރިހަމަ ކުރުމުގައި އެމިނޯ އެސިޑްތަކުގެ ބޭނުން ހިފައެވެ. އެމިނޯ އެސިޑަތަކަކީ ހަށިގަނޑުން އުފައްދާ 50 ހާހަށްވުރެ ގިނަ ޕްރޮޓީންތައް އުފެއްދުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. އަނެއްކޮޅުން ތަފާތު ބަލިތަކާއި، އަދި ހަށިގަނޑުގައި ހެދޭ ފާރުގަނޑު ފަސޭހަވުމަށް އެހީތެރިވެދޭ މާއްދާ ތަކެކެވެ.
    • ކެންސަރުން ރައްކާތެރި ކޮށްދިނުމުގެ ގޮތުން ކުންނާރުގައި ހިމެނޭ ފެނުގެ ބައިން ޓިއުމަރު ގެ ސެލްތައް ހުއްޓުވުން މަނާކުރެއެވެ. ކުންނާރުގައި ގިނައަދަދަކަށް އެންޓި އޮކްސިޑެންޓް ތައް ހުރެއެވެ. އެކަމުގެ ސަބަބުން ތަފާތު ބާވަތްތަކުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރި ވެއެވެ. އޭގެ ތެރޭގައި، ފުރަމޭގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އުރަމަތީގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރު ހިމެނެއެވެ. ކުންނާރު ފަނީގައި ކެންސަރުގެ ސެލްތައް މަރާލުމުގެ ބާރު ހުރެއެވެ. ނަތީޖާއެއްގެ ގޮތުން ދިރެ ބޮޑުވަމުންދާ ޓިއުމަރުގެ ސެލްތަކުގެ އަދަދު ދަށްކުރެއެވެ. ކުންނާރުގައި ވަރަށް ގިނައިން “ބެޓޫލިނިކް އެސިޑް” ހުރެއެވެ. ކެންސަރުގެ ސެލްތައް މަރާލައިގެން "މެލާނޯމާ" ގެ އަސަރު ކުޑަކުރުމަށް ބެޓޫލިނިކް އެސިޑް ބޭނުން ކުރެވެއެވެ.
    • ކުންނާރުގައި ގިނަ އަދަދަކަށް "އެންތޯސިއެނިން"، ވިޓަމިން ސީ، އަދި "ގެލިކް އެސިޑް" ހުރެއެވެ. މި މާއްދާތައް ހުރުމަކީ ހިތުގެ ދުޅަހެޔޮކަމަށް ބޭނުންތެރި ކަމެކެވެ. ކުންނާރުގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ އޭގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ކުންނާރުގައި ގުލްކޯޒް، ފްރަކްޓޯޒް، ރަމްނޯޒް، އަދި ސުކްރޯޒް، އެކުލެވިގެންވުމުން، ކުންނާރު ބޭނުންކުރުމުން ހަށިގަނޑަށް ހަކަތައާއި ބާރު ލިއްބައިދެއެވެ.
    • ނިދިނައުމުގެ މައްސަލަ ހައްލުކޮށްދީ، ނުތަނަވަސްކަން ފިލުވައިލުމަށް ކުންނާރުގައި “ލިނޯލެނިކް އެސިޑް” އަދި “ލިނޯލެއިކް އެސިޑް” ހުރެއެވެ. މިއީ ސިކުނޑިއާއި، ނާރުތަކުގެ ނިޒާމް ރައްކާތެރިކޮށްދީ، ހާސްވެ ކަންބޮޑުވުން ފިލުވައިދީ، މޫޑު ހަމައަކަށް އެޅުވުމުގައި އެހީތެރިވާ މާއްދާ ތަކެކެވެ. މިއީ ނިދުމަށް އެހީތެރިވެދީ، ފިއްތުއްތަކުން ދުރުކޮށްދީ، ރުޅި އާއި ނުތަނަވަސްކަން ކުޑަކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ ތަކެކެވެ. ކުންނާރުގެ ދިޔައިން ހޯދިފައިވާ ބާރުގަދަ ކެމިކަލް “ޖުޖޫބޮސައިޑް އޭ” އަކީ ސިކުނޑީގައިވާ “ހިޕޯކެމްޕަސް” އޭކިޔާ ހިސާބަށް ބާރުފޯރުވާ އެއްޗެކެވެ. އަދި މިއީ ނިދުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.
    • ހަޖަމުކުރުމުގެ މައްސަލަތައް ހައްލު ކުރުމަށް ބަލާލިޔަސް ކުންނާރަކީ ވަރަށް ފަސޭހައިން ހަޖަމުކުރެވޭ މޭވާ އެކެވެ.
    • މޭނުބައިކުރުމާއި ހޮޑުލުން، އަދި ބަނޑުގައި ރިހުން ލުއިކުރުމަށް ކުންނާރު ބޭނުންކުރެވެއެވެ. އަދި މިއީ ބަނޑުގައި ވައިހެދުމުގެ މައްސަލަ ލުއިކޮށްދޭ މޭވާ އެއްވެސް މެއެވެ.
    • ކުންނާރަކީ ލޭސާފުކޮށްދޭ އެއްޗެކެވެ. އެއީ އޭގައި ހިމެނޭ “ސެޕޯނިން”، “އެލްކަލޮއިޑް” އަދި “ޓްރައިޓަރޕެނޮއިޑް” ތަކުގެ ސަބަބުންނެވެ.
    • ކުންނާރުގައި ފެން ގިނައިން ހުރުމަކީ ކުންނާރު ބޭނުން ކުރުމުން، ކަރުހިއްކުން ފިލުވައިދޭ ކަމެކެވެ. ނޭވާކުރުވުމާއި، ދާހިއްލުމުގެ މައްސަލައަށް ވެސް ކުންނާރު ބޭނުންކުރުމުން ލުއިކަން ލިބެއެވެ.
    • ކުންނާރުގައި ހިމެނޭ ފައިޓޯކެމިކަލްތަކާއި، ވިޓަމިން ސީގެ ސަބަބުން، ފާރުގަނޑު ފަސޭހަވުން އަވަސްވެ، ހަށިގަނޑުގެ ދިފާޢީ ބާރު ރަގަޅުކޮށް ދެއެވެ. އަދި މިމާއްދާތަކުގައި ހުންނަ ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުގެ ސަބަބުން، ރާއްޖެބައްޔާއި، އެހެނިހެން ހުޅުތައް ދުޅަވުމުގެ ބަލިތަކުން ކުރިމަތިވާ އުދަނގޫތައް ކުންނާރު ބޭނުންކުރުމުން ލުއިކޮށް ފަސޭހަކޮށްދެއެވެ.
    • ފުރަމޭ ރައްކާތެރި ކަމަށް ބެއްޔަސް ކުންނާރުގައި ފުރަމޭގެ މަސައްކަތެއް އީޖާބީ އަސަރެއް އެކުލެވިގެންވެއެވެ. އެންޓި އޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތްކޮށްގެން ، ކުންނާރުން ފުރަމޭއަށް ރައްކާތެރިކަން ހޯދައިދެއެވެ. “އޮކްސިޑޭޓިވް ސްޓްރެސް” އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ގެއްލުންދޭ މަސައްކަތެކެވެ. އެންޓި އޮކްސިޑެންޓް ތައް ފްރީ ރެޑިކަލްތައް ސާފުކޮށް، އެއިން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށް ދެއެވެ. އޮކްސިޑޭޓިވް ސްޓްރެސް އާއި ހަނގުރާމަ ކުރާނެ، ކެމިކަލްތައް ކުންނާރުގައި ހުރެއެވެ.
    • ކުންނާރުގައި ހިމެނޭ “ބެޓޫލިނިކް އެސިޑް” އަދި “ޑައިހައިޑްރޯބެޓޫލިނިކް އެސިޑް” އަކީ އޭޑްސް ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލިއްޔަތު ހުރެދާނެ މާއްދާ ތަކެއްކަމަށް ވެދާނެ ކަމަށް ދިރާސާތައް ބުނެއެވެ.
    ]]>
    Fri, 10 Mar 2023 01:59:39 +0500 ހީރަސް
    އެސްޓީއޯ ރޯދައަށް ތައްޔާރު https://heerasnews.com/1120 https://heerasnews.com/1120 ކޮންމެ އަހަރެއްގެ ރޯދަ މަހަކުވެސް އެސްޓީއޯއިން ރައްޔިތުންނަށް ހެޔޮ އަގުގައި ރައްޔިތުންނަށް ކާބޯ ތަކެތި ފޯރު ކޮށްދިނުމަށް ސަމާލުކަން ދެއެވެ. ދަތިކަމެއް ނެތި އަތްފޯރާފަށުގައި ބިހާއި ފިޔައާއި އަލުވި ހުސްނުކޮށް ލިބެން ހުންނާނެ ގޮތް ހެދުމަށް ދުރާލާ ސަމާލުވެއެވެ. 

    މި އަހަރުގެ ރޯދަ މަސް ބޯމަތިވެގެން އަންނައިރު ކުރީ އަހަރަށް ވުރެ އަގުކޮށް ފިޔައާއި ބިހާއި އަލުވި ލިބޭނެ އިންތިޒާމް މިހާރުވަނީ ކޮށްފައެވެ. ހުސްވި އަހަރު ރޯދަމަހު ފިޔާ ކިލޯއެއްގެ އަގަކީ 14 ރުފިޔާއެވެ. އެހެން ނަމަވެސް މި އަހަރު ފިޔާ ކިލޯއެއް 9 ރުފިޔާއަށް ލިބޭނެއެވެ. އަލުވި ކިލޯއެއް މި އަހަރު ވިއްކާނީ ކުރީ އަހަރަށް ވުރެ 2ރުފިޔާ އަގުހެޔޮކޮށް 11 ރުފިޔާއަށެވެ. 

    ރޯދަމަހަކީ އެހެނިހެން މަސްތަކަށް ވުރެ ފިޔާ، ބިސް އަދި އަލުވީގެ ޑިމާންޑް ބޮޑުވާ މަހެކެވެ. އެހެންކަމުން މިއަހަރު އެ ތަކެތީގެ 6 ޝިޕްމެންޓް އެއް ގެންނާނެއެވެ. އެގޮތުން ފުރަތަމަ ޝިޕްމެންޓް ހުސްވި ފެބްރުއަރީ 27 ގައި ގެނެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުން ވިއްކަމުން އެބަ ގެންދެއެވެ. 

    ހޯލްސޭލް މުދާ ދޫކުރުމަށް ވެސް ތިން ސަރަހައްދެއް ކަނޑައަޅާ އެތަންތަނުން ހިދުމަތް މިހާރު ލިބެން ފަށައިފިއެވެ. އެސްޓީއޯ ހޯލްސޭލް ސެންޓަރ އާއި އިންޑަސްޓްރިއަލް ވިލެޖުއާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ހޯލްސޭލް ކުރެވޭނެ ގޮތް މިހާރުވަނީ ހެދިފައެވެ. ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓުން ވެސް މި މަހުގެ 20 ވަނަ ދުވަހު ހިދުމަތް ދޭން ފަށާނެއެވެ.

    ހާއްސަ 11 ސަރަހަދެއް އަތޮޅުތަކުގައި ގާއިމް ކުރެވި އެސްޓީއޯގެ ފިހާރަތަކަށް ފިޔައާއި ބިހާއި އަލުވި ފޮނުވޭނެ ގޮތަށް ހަމަޖައްސާ އެ ތަކެތި ސަރަހައްދުގެ އެހެން ރަށްރަށަށް ފޯރުކޮށް ދިނުމުގައި އެސްޓީއޯއިން އެހީތެރިކަން ލިބޭނެއެވެ.

    ރޯދަމަހަށް ހާއްސަކޮށް ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ވެސް ހުސްވިޔަނުދީ ބެހެއްޓުމަށް އެސްޓީއޯއިން އޮތީ ތައްޔާރުވެއެވެ. އަނެއްކޮޅުން ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނާއި ހުޅުމާލެ ރޯދަ މާޓުން ލިބެން ހުންނާނެއެވެ.

    ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓް ތިރީގައި ފިހާރައެއް ހުޅުވާ ރޯދަމަހު އެ ފިހާރައިން މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮއްދިނުމަށް އެސްޓީއޯއިން ދަނީ ތައްޔަރުވަމުންނެވެ. މި މަހު އެ ފިހާރަ ވެސް ހުޅުވޭނެ ކަމަށް އެސްޓީއޯއިން އަންދާޒާ ކުރެއެވެ.

    ]]>
    Thu, 09 Mar 2023 23:48:52 +0500 ހީރަސް
    ސްޓެލްކޯ ހައްޖު އުމްރާ ދަތުރު https://heerasnews.com/1119 https://heerasnews.com/1119 ސްޓެލްކޯގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެކުންފުނީގެ ދެ މުއައްޒަފަކަށް ދީފިއެވެ. އަދި އިތުރު ދެ މުއައްޒަފުންނަށް އުމްރާގެ އަޅުކަން އަދާ ކުރުމަށްވެސް ސްޓެލްކޯއިން ވަނީ ފުރުސަތު ދީފައެވެ.

    ހައްޖުވުމަށް ފުރުސަތު ދިނީ އެ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން އަންހެނަކަށާއި ފިރިހެނަކަށެވެ. އުމްރާ ވުމަށް ފުރުސަތު ދިނީ އެ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން ހޮވުނު އަންހެނަކަށާއި ފިރިހެނަކަށެވެ. 

    ދެ ޖިންސަށް ވަކިން ހުޅުވާލައިގެން ހައްޖު ވުމަށް ސްޓެލްކޯ މުއައްޒަފުންނަށް ދިން ފުރުސަތަށް ޝަރުތު ފުރިހަމަވާ ތިބީ 96 ފިރިހެން މުވައްޒަފުނާއި 22 އަންހެން މުވައްޒަފުންނެވެ. އުމުރާވުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 262 ފިރިހެން މުވައްޒަފުންނާއި 56 އަންހެން މުވައްޒަފުންނެވެ. ހައްޖާއި އުމްރާ ވުމަށް ހޮވި ހަތަރު މުވައްޒަފުން ހޮވުނީ އެ ކުންފުނިން ރޭ ކުޑަގިރީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ގުރު ނަގައިގެންނެވެ.

    ހައްޖުވުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވުނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ އަބްދުﷲ ޝަރީފެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ ދީޖާ ތައުފީގާއެވެ.

    އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ހޮވުނު ފިރިހެން މުވައްޒަފަކީ ސާވިސް ސެންޓަރުގެ ޝާހުލް ހަމީދެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ފާތިމަތު ރިޒްނާއެވެ.

    ]]>
    Thu, 09 Mar 2023 21:40:20 +0500 ހީރަސް
    ސްޓެލްކޯގެ ޓެކްނިކަލް މަގާމުތަކަށް އަންހެނުންނަށް މަރުހަބާ! https://heerasnews.com/1118 https://heerasnews.com/1118 ސްޓެލްކޯގައި ޓެކްނިކަލް މަސައްކަތް ކުރަން ޝައުގުވެރިވާ ކަނބަލުން ސްޓެލްކޯގެ ޓެކްނިކަލް މަގާމުތަކަށް ކުރިމަތިލުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް އެދި ވަޑައިގެންފިއެވެ. އިނޖީނޭރުކަމަށާއި އިލެކްޓްރިޝަން ކަމަށާއި ޓެކްނީޝަނުންގެ ގޮތުގައި އިންޖީނުގޭގައި މަސައްކަތް ކުރުމަށް އަންހެނުން ކުރި މަތިލުމަށް އެމްޑީ ޝަރީފް އެދިވަޑައިގަތީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

    އިނޖީނޭރުކަމަށާއި އިލެކްޓްރިޝަން ކަމަށާއި ޓެކްނީޝަނުންގެ ގޮތުގައި އިންޖީނުގޭގައި މަސައްކަތް ކުރުމަށް ކުރިމަތިލައިގެން ސްޓެލްކޯގެ ވަޒީފާއަށް ވަންނަ ކަނބަލުންނަށް އިތުރު އެލަވަންސެއް ތައާރަފް ކުރުމުގެ ވިސްނުން އޮތްކަމަށް ޝަރީފް ވިދާޅުވިއެވެ. ބޭނުމަކީ ސްޓެލްކޯގެ ހުރިހާ ދާއިރާއެއްގައި އަންހެނުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެފައިއޮތުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. 

    ޝަރީފް ވިދާޅުވި ގޮތުގައި ސްޓެލްކޯއަކީ މިވަގުތު "މޭލް ޑޮމިނެންޓް" މުއައްސަސާއެކެވެ. ސްޓެލްކޯގައި މަސައްކަތްކުރާ 1500އަށް ވުރެ ގިނަ މުއައްޒަފުން ތިބިއިރު އަންހެނުންގެ ނިސްބަތަކީ ވިއްސަކަށް ޕަސެންޓެވެ. ސްޓެލްކޯގައި އަންހެން މުއައްޒަފުން އެންމެ ގިނައީ މާލޭގައި ކަމަށާއި އަތޮޅު ތެރޭގައި އަންހެން މުއައްޒަފުން ވަރަށް މަދުކަމަށް ޝަރީފް ފާހަގަ ކުރެއްވިއެވެ. ސްޓެލްކޯގައި ވަޒީފާ އަދާކުރާ އަންހެން މުއައްޒަފުން މަދުވުމުގެ މައްސަލަ ހައްލުކޮށް ހަމަހަމަ ފުރުސަތު ހޯދާދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

    ]]>
    Thu, 09 Mar 2023 16:35:01 +0500 ހީރަސް
    ހިލޭ ޑިގްރީގެ 67 ޕަސެންޓް އަންހެނުންނަށް https://heerasnews.com/1117 https://heerasnews.com/1117 ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ސިޔާސީ ގޮތުން ބާރުވެރިކުރުމަށް ޓަކާ އަންހެނުންނަށް ކައުންސިލްތަކުން ޖާގަ ހާއްސަ ކުރުވީ މި ސަރުކާރުންނެވެ. ސިޔާސީ ގޮތުންނާއި އިގުތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމަށް ކުރެވެން އޮތް އެންމެ މުހިންމުކަމަކީ ތައުލީމެވެ. ތައުލީމަކީ އަންހެނުން ބާރުވެރި ކުރުމުގެ އެންމެ މުހިންމު ހަތިޔާރެވެ. 

    ވޭތުވެ ދިޔަ 4 އަހަރު ހިލޭ ޑިގްރީގެ ފުރުސަތު އެންމެ ގިނައިން ދީފައިވަނީ އަންހެނުންނަށެވެ. 16917 ފަރާތަކަށް ހުސްވި ހަތަރު އަހަރު ހިލޭ ޑިގްރީގެ ފުރުސަތު މިސަރުކާރުން ދީފައިވާއިރު އޭގެ ތެރެއިން 67 އިންސައްތަ ދިފައިވަނީ އަންހެނުންނަށެވެ.

    2019 ވަނަ އަހަރުން 2022 ވަނަ އަހަރަށް ސަރުކާރުން 538 ފަރާތަކަށް ސްކޮލާޝިޕް ދިފައިވެއެވެ. ސްކޯލަރޝިޕް ދިން 61 ޕަސެންޓަކީ އަންހެނުންނެވެ. 1387 ކުއްޖަކަށް ސްޓޫޑެންޓް ލޯނު ދިފައިވެއެވެ. ސްޓޯޑެންޓް ލޯނު ދިންކުދިންގެ 42 ޕަސެންޓަކީ އަންހެނުންނެވެ.

    ]]>
    Thu, 09 Mar 2023 00:27:49 +0500 ހީރަސް
    ރައީސްގެ ސިޓީފުޅަށް ޖަވާބުނުދީ ސައުދީން ދިނީ 400 ހައުސިންގޔުނިޓް! https://heerasnews.com/1116 https://heerasnews.com/1116 ސައުދީ އަރަބިއްޔާގެ ރަސްގެފާނަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފޮނުއްވި ސިޓީފުޅަކަށް ޖަވާބެެއް ނުދިނޭ ކިޔާ އަޑު ފެތުރުނުތާ އައްޑަން އިރުވީ ތަނާ މިއިވެނީ އެހެން އަޑެކެވެ. 

    ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ފިއްލަވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަސައްކަތް ކުރައްވާ މަގަށް ސައޫދީން ލެއްގި 400 ލަގްޒަރީ ހައުސިންގ ޔުނިޓް ލެއްގި ވާހަކައެވެ.

    ފ. އަތޮޅު ހިމިތީގައި ސައުދީ ވަލީއަހުދު ފަތުރުވެރިކަމުގެ އިންވެސްޓްމަންޓެއް ކުރައްވަން ޝައުގުވެރިވެ ވަޑައިގަތްތަނާ ނޫނެކޭ މަނިއްޕުޅު އެތަން ހިބައިން ގެންދަވާށޭ، މަޖިލިސް ކުދިން ގާނޫނާ އެއްގޮތަށް ކުރަންޖެހޭ މަސައްކަތައް ކުރުމަށް ޖެޓެއްގައި ޑޮލަރު ކޮޅެެއް ފޮނުއްވާށޭ ބުނި އިރު މިއުޅެނީ ގައުމުން ބައެއް ކަނޑާ ވަކިކޮށްލަން ކަމެއް މުހައްމަދަކަށް އެނގިވަޑައެއް ނުގަންނަވައެވެ. 

    ޖެޓްގައި ގެނައި ޑޮލަރު ދަބަސްތައް ގެއްލުނު އިރު ރައްޔިތުން ހޯބޯ ލަވަން ފެށިކަން ޕްރިންސް މުހަންމަދަށް ސާފުވެ ވަޑައިގަތް ހިސާބުން ޕީޕީއެމަކާ ޔާމީނާ  ޔާމީނެެއް ދޫކޮށްލައްވައިފިއެވެ. ފަހުން ކުރިހާ ކޯލާއި، ފޮނުވިހާ ސިޓީއަށް ޖަވާބެއް ނުދިންތާ ތިޔައީ ކޮންތާކުން ހޭރޭ މިވެނި އެއްޗެއްހޭ ވެސް އައްސަވާ ނުލެއްވިއެވެ. އެހެންވީމާ މިބައި މީހުންނަށް ހީވަނީ ރައީސް ސާލިހުގެ ސިޓީ ފުޅަށް ވެސް ވާނީ އެހެން ކަމުގައެވެ.

    ސައުދީން ޖަވާބެެއް ނުދިނޭ ގޮވަންފަށާ ކަރު އިރަން ތިއްބާ އެއޮށް އިއުލާން ކުރީ ސައުދީ ސަރުކާރުން ރާއްޖެއަށް ދެއްވާ 400 ހައުންސިންގ ޔުނިޓްގެ ވާހަކައެވެ. 

    ރައީސް ސާލިހުގެ އަންނަ ރިޔާސީ ދައުރަށް ސައުދީން ދެން އަންނަން އޮތްބައި ﷲ އިރާދަފުޅުން އަދި އޮތީއެވެ.

    ]]>
    Wed, 08 Mar 2023 23:10:14 +0500 ހީރަސް
    ބައިހަދާފައި ގޮސް ވެއްދި މައްސަލަ އެދިޔައީ ޗޮކުން https://heerasnews.com/1114 https://heerasnews.com/1114 ގާނޫނީ ވަކީލުކަމުގެ ލައިސަންސް ހޯދައިގެން މަވެތިވެ މަސްހޫރުވާން ގައިވީދާ މީހުން އެބައުޅެއެވެ. ތިމާމެނަށް ލިބިފައި އޮތްވަކީލު ކަމުގެ ސަނަދަކީ ސައްހަ ގޮތުގައި ހޯދާފައި އޮތް އެއްޗެއް ކަމާމެދު ސުވާލު އުފެދޭވަރުގެ ގަޅި ކަންކަމެއް ހަމަޖެހޭ މީހަކު ނުކުރާނެއެވެ. 

    ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ސާލިހު ހުންނެވުވުމުން އިރިއިރި ލަވައިގެން ހެދޭ ނުހެދޭ ނޭނގެއެވެ. ސާފު ދިވެހި ބަހުން ލިޔެފައި އޮތް ގާނޫނއަސާސީގައި ބުނާއެއްޗެއް ނޭނގޭ ގަމާރުން ގާނޫނީ ވާހަކަ ނުދައްކަން ވެއްޖެ ނޫން ހެއްޔެވެ. ނޫނީ ވިއްޔާ ގާނޫނު އަސާސީގެ 123 ވަނަ މާއްދާއާއި 126 ވަނަ މާއްދާ ބަޅުރުކުން ގެންގުޅޭ ގާނޫނު އަސާސީގައި ނެތީ ތޯއްޗެކެވެ.

    ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރު ސައްހަ މަގުން ގާނޫނު އަސާސީއާއި އެއްގޮތަށް ނިންމާފައި އޮތް ކަމެއް އެކޮޅުކޮޅުން ޖަހަން ސްޕްރީމް ކޯޓަށް ދާނީ މޮޔައިންނެވެ. އެކަން މިއަދު އެނގިގެން އެ ދިޔައީއެވެ. ބައިހަދާފައި ގޮސް ސްޕްރީމްކޯޓަށް ވެއްދި މައްސަލަ އެދިޔައީ ޗޮކުންނެވެ. ބަލައިގަންނަން ވެސް ކަމުނުދިޔައެވެ.

    ބަޅުރުކުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތައިރޮއިޑްގެ ސާޖަރީއެއް ހެއްދެވުމަށްޓަކާ އެ މަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލު ކުރެއްވި ހިސާބުން ރައީސަކީ ފައިސަލް ނަސީމް ކަމަށާއި ރައީސްކަމުގެ މަގާމުން އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވަކިވެފައި ކަމަށް ބުނެއެވެ.

    ކިތަންމެ ފަހަރަކު އަނބުރަ އަނބުރާފައި ސްޕްރީމް ކޯޓަށް އެ މައްސަލަ ވެއްދިޔަސް މައްސަލަ ބަލައިގަންނާނީ ފުލެއް ބިތެއް އޮތް ކަމެއް ނަމަތާއެވެ. ރައީސް ސާލިހުގެ ރައީސް ކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ރާއްޖޭގެ ގާނޫނީ އެއްވެސް މުއައްސަސާއަކަށް ސުވާލެއް ނުއުފެދެއެވެ. އުފައްދާނެ ޖާގައެއްވެސް ނެތެވެ. ބަޅުރުކު ލޯޔަރުން ކުރެ ބަޔަކު ޕާޓީ ތެރޭގައި މަސްހޫރުކަން ހޯދަން ދުވާލު ދެދަޅައަށް ސްޕްރީމްކޯޓަށް ދުސްތޫރީ މައްސަލަ އެބަ ވައްދައެވެ. ހަރުތާކު ޖެހޭ ގޮތަކަށް އޮތް މައްސަލައެއް ނަމަ އެކަމާ ނޫޅެ ޑރ. ޖަމީލުމެން ލޮލުފިޔަ ނުޖެހީހެވެ. ޖަމީލުމެން އެކަމާ ނޫޅެ އެ ތިބެނީ ސުވާލު އުފައްދާނެ ހަނި ފުރުސަތެއް ވެސް ނެތިގެންނެވެ. ނުނީ އެކަން ކޮށްގެން ފައިސާ ގަޑެއް ލިބެން ނެތިގެންނެވެ.

    ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާ ކުރުމަށް ވަގުތީ ގޮތުން އުޒުރުވާ ހާލަތުގައި ކަން ކުރާނެ ގޮތް ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި އެ އޮތީއެވެ. އެފަދަ ހާލަތެއް 25 ފެބްރުއަރީ 2022ގައި ރައީސް ސާލިހަށް ކުރިމަތިވެ ވަޑައިގަތުމުން ކަން ކުރެއްވީ އެ މާއްދާގައި ބުނާ ގޮތަށެވެ. ކުރިމަތިވެ ވަޑައިގެން ހާލަތުން އަރައިގަތުމުން އަނބުރާ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ވެސް އެ މާއްދާ ބުނާ ގޮތަށެވެ. އެއްޔަކީ ސްނިލް ޝެޓީ ހެދިގެން އަސްއަދުމެން ފިލްމު ކުޅުނު ފާޑަށް ކުރާ ކަމެއް ނޫނެވެ. 

    ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރި ވެއްޖެ ކަމަށް ގަބޫލު ކުރެއްވުނު ހިނދު ސަބަބު ބަޔާން ކުރައްވާ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލު ކުރެއްވިއެވެ. އެހާލަތުން އަރައިގަނެވުމުން ރައީސް ސާލިހު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އަލުން ހަވާލުވެ ވަޑައިގަތީ ގާނޫނު އަސާސީ ބުނާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހުގައެވެ. އަލުން މަގާމުގެ ހުވާ ކުރަން ޖެހޭނަމަ އެކަންވެސް ކުރެއްވީހެވެ. 

    ރައީސް ސާލިހު އެ ހުންނެވީ 17 ނޮވެންބަރ 2018 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރިފުޅުމަތީގައި އުއްތަމަފަނޑިޔާރު ލައިދެއްވި ގާނޫނީ ހުވާކުރައްވައިގެންނެވެ. އެ ހުވާގެ މުއްދަތު ހަމަވާނީ  2023 ގެ ނޮވެންބަރ މަހުގެ 11 އަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރުގެ ތެރޭގައި ރައީސް ކަމުގެ މަގާމު ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ބުނެފައި އެބައޮތެވެ. މަރުވުމާއި އިސްތިއުފާ ދިނުމާއި އަޒުލް (އިންޕީޗް) ކުރުމެވެ. އެހާލަތު މެދުވެރިގެން މީހަކު ނޫޅެއެވެ. 

    ]]>
    Tue, 07 Mar 2023 17:09:40 +0500 ހީރަސް
    ހުދު ރަން: ލޮނު https://heerasnews.com/1113 https://heerasnews.com/1113 ފީފާއެއްގެ މޫދު ލޮނުގައި 6 ކިލޯ ފުއްލޮނު ހުންނާނެއެވެ. ކަނޑުގައިވާ ހުރިހާ ފެނަކާއި ލޮނު ވަކިކޮށްފިނަމަ މުޅި ދުނިޔޭގައި ކޮންމެ އަކަ އިންޗިއެއްގައި ދިގު ތިން ރުކަށް ވުރެ އުހަށް ފުއްލޮނު ހުންނާނެއެވެ.

    ލޮނަކީ ރާއްޖޭގައި ކިތަންމެ ގިނަ އެއްޗެއް ކަމުގައިވެފައި ވިޔަސް އަދި ދިވެހިރާއްޖެއިން މި ލިބޭހާ ފަސޭހައިން ދުނިޔޭގެ އެހެން މީހުންނަށް ލޮނެއް ނުލިބެއެވެ. އެހެންކަމުން ލޮނާއި ހެދި ބޮޑެތި ހަނގުރާމަ ކުރެވިފައިވެއެވެ. 

    ޔޫރަޕުގައި މަޝްހޫރު ފަރަންސޭސި އިންގިލާބު ފެށުމުގެ އެއް ސަބަބެއްކަމުގައި ލޮނު އަގު ބޮޑުވުން ހިމެނެއެވެ. އިނގިރޭސީން އިންޑިޔާ އަޅުވެތިކޮށްފައިވަނިކޮށް އެ ގައުމު މިނިވަންވުމުގެ ސަބަބަކަށް އިންޑިޔާ މީހުންނަށް ލޮނު އުފެއްދުން އިނގިރޭސީން މަނާކޮށް، ލޮނުން ސަރުކާރަށް ފައިސާ (ޓެކްސް ނުވަތަ ވާރު) ނަގާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

    ފަރަންސޭސި ލަސްކަރެއް ރަޝިޔާގެ މޮސްކޯ ހިފަންގޮސްގެން ނާކާމިޔާބު ވެގެން އަންނަން ޖެހުނީ ލޮނު މަދުވުމުގެ ސަބަބުން ފަހުލަވާނުންގެ ފާރުތައް ރަނގަޅު ނުވާތީއެވެ. މިހާރުވެސް އެފްރިކާގެ ބައެއް ގައުމު ތަކުގައި ލޮނަކީ ފައިސާގެ ގޮތުގައި ބޭނުން ކުރެވޭ އެއްޗެކެވެ.

    ކަނޑާ ދުރުގައި އޮންނަ ގައުމުތަކުގައި ލޮނަކީ (ބިމުގެ އަޑީގައި ފުއްލޮނު ނުވާނަމަ) ފަސޭހައިން ލިބޭ އެއްޗެއް ނޫނެވެ. މިހެންވެ، ހިމާލިޔާ ފަރުބަދަ ކާރީގައި އޮންނަ ޓިބަޓުގައި ލޮނަކީ ވަރަށް އަގުހުރި އެއްޗެކެވެ. އެއް އިރެއްގައި ލޮނާއި ރަން ލާއްސަކަށް ލާއްސެއް މާރުކުރެވުނު ދުވަސް ވަރެއް ވެސް ދިޔައެވެ.

    އޮސްޓްރިއާ އަކީ މީގެ ދެތިން ސައްތަ އަހަރުގެ ކުރިން ވަރަށް ބާރުގަދަ ގައުމެކެވެ. އެއް އިރެއްގައި ޔޫރަޕުގެ ހުޅަނގުން އިރަށް، ރަޝިޔާއިން އެޓުލާންޓިކު ކަނޑާ ހަމައަށް އޮސްޓްރިއާގެ މީހުން ވެރިކަން ކުރިއެވެ. އޮސްޓްރިއާގެ ބާރު އެހާ ގަދަވީ ހުދު ރަނުގެ ސަބަބުންނެވެ. ހުދު ރަނަކީ ލޮނެވެ.

    ކުރީ ޒަމާނުގައި ވަޒީފާ އަދާކުރާ މީހުނަށް އުޖޫރަ ދޭ ދިނުމަށް ރާއްޖޭގައި ކިޔާ އުޅެނީ "ބަނޑު ހަނޑޫ" ދިނުމެވެ. ރާއްޖޭގައި އުޖޫރަ ދިނީ ފައިސާގެ ބަދަލުގައި  ހަނޑުލެވެ. އެކަމަކު އިހުގައި ރޫމީންގެ ފަހުލަވާނުންނަށް "ބަނޑުހަނޑޫ" ގެ ގޮތުގައި ދެވުނީ ލޮނެވެ. ލޮނަށް އެ މީހުން ވާހަކަ ދައްކާ ލެޓިން ބަހުން ކިޔަނީ ސެލެރިއަމްއެވެ. މިހާރު އިނގިރޭސިބަހުން މުސާރައަށް މިކިޔާ "ސެލެރީ" މި ލަފުޒުގެ އަސްލަކީ އެއީއެވެ. އާދެ! ލޮނެވެ.

    ]]>
    Tue, 07 Mar 2023 15:43:36 +0500 ހީރަސް
    ކުށެއް ސާބިތުވާ ފުލުހަކާ މެދު ފިޔަވަޅު ނާޅާ ނޯންނާނެ: އިމްރާން https://heerasnews.com/1112 https://heerasnews.com/1112

    އާންމު އެކި ފަރާތްތަކާއި ސިޔާސީ މީހުން އަދި ވިޔަފާރިވެރިންނާ ގުޅިގެން ބައެއް ފުލުހުން ކުށްކުރުމުގައި ބައިވެރިވުމަކީ އަލަކަށް ހިނގާ ކަމެއް ނޫނެވެ. އަބަދުވެސް އެކަން ހިނގައެވެ. ދުނިޔޭގެ ހިރިހާތަނެއްގައިވެސް ކުށްކުރާ ފުލުހުން އުޅެއެވެ. ރާއްޖޭގައިވެސް އެކަން އޮތީ އެހެނެވެ. 

    މަދުން ނަމަވެސް ފުލުހުންގެ ތެރެއިން ބަޔަކު ކުށްތަކުގައި ބައިވެރިވެފައިވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. ކުށުގެވެށީގައި އުޅޭ ފުލުހުންގެ ތެރެއިން ކުށްކުށުގައި ބައިވެރިވާ ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ މީހުނަށް ގާނޫނީ ފިޔަވަޅު އަޅަމުން ދެއެވެ.
    ކުށްކުރުމުގައި ބައިވެރިވި އެތައް ފުލުހަހަކު މަގާމުން ވަކިކޮށްފައި ވެސް އެބަހުއްޓެވެ. ޑިމޯޓް ކުރުމާއި މަސައްކަތްކުރާ ތަން ބަދަލު ކުރުމާއި ނަސޭހަތް ދިނުން ފަދަ ފިޔަވަޅުތައް އަޅާފައިވަނީ ވެސް މަދެއްކޮށެއް ނޫނެވެ. ބައިވެރިވުން އޮންނަ މީންވަރެއްގެ މައްޗަށް ބަލާ އެ ހިނދަކަށް އަޅަންޖެހުނު ފިޔަވަޅެއް ފުލުހުންނަށް ވެސް އަޅައެވެ. 
    މައްސަލައެއްގައި ޝާމިލުވާކަން ސާބިތުވާ އެއްވެސް ފުލުހަކާ މެދު ފިޔަވަޅު ނާޅާ ނޯންނާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ދެއްވައެވެ. ކުށްކުރުމުގައި އުޅޭ ފުލުހުންގެ މައުލޫމާތު އެނގިވަޑައިގަންނަވާ މަޖިލިސް މެންބަރުން އެ މައުލޫމާތެއް މިނިސްޓަރާ ހިއްސާކޮށް ދެއްވަމުން ގެންދެވުމަށް މިނިސްޓަރ އިލްތިމާސް ކުރައްވައެވެ. ކުށްކުރުމުގައި ބައިވެރިވާ ފުލުހުންގެ މައުލޫމާތު ހިއްސާކޮށް ދިނުމަށް ކައުންސިލްތަކުގެ ކިބައިންވެސް އެ މަނިކުފާނު އެދިވަޑައިގެންފައިވެއެވެ. ކުށްކުރުމުގައި އުޅޭ ފުލުހުންގެ މައްސަލަ ބެލުމަށް މަޖިލީހުގެ 241 ކޮމިޓީއަށް ގެންދަވަން ވެސް އިމްރާނު ހުންނެވީ ތައްޔާރަށެވެ. 
    މިނިސްޓަރ ޔަގީންކަމާއެކު ވިދާޅުވަނީ އެއްވެސް ހާލަތެއްގައި ކުށުގެ މައްސަލައެއްގައި ޝާމިލްވާ ފުލުހަކާމެކު ފިޔަވަޅު ނާޅައެއް ނޯންނާނެކަމަށެވެ.
    ]]>
    Tue, 07 Mar 2023 14:33:41 +0500 ހީރަސް
    ވެލާނާ އެއަރޕޯރޓް ޓެކްސީ ކިއުގެ ބޮލުރިހުން https://heerasnews.com/1111 https://heerasnews.com/1111

    މާލެއާ ހުޅުމާލެ ގުޅުވައިދިން ބްރިޖާއި، ހައިވޭގެ ކާރޫ ބާރޫ ބޮޑު ޓްރެފިކްގެ މެދުގަައި އޮތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓެވެ. ތޮއްޖެހި ބަރާވެފައި އާބާދީގެ ދެފަރުބަދަ ދެމެދުގެ ވާދީއަކީ ހުޅުލެއެވެ. ފުރޮޅުމަތީގައި މި ދެފަރުބަދައިގެ މަތިން ސޮހެމުންދަނީ ގުނާ އަދަދު ނުކުރެވޭނެހާ ގިނަ އެއްގަމު އުޅަނދު ފަހަރެވެ.

    ވެހިކަލެއްގައި ދާގޮތަށް ގޮސް ވީއައިއޭ ޓަރމިނަލް ކައިރީގައި އޮންނަ ޑްރޮޕްއޯފް ޕޮއިންޓަށް ފައިބާ ޓްރޮލީއަށް ލަގެޖް އެރުވުމަކީ ފުރާ ފަސިންޖަރުންނަށް މާބޮޑު އުނދަގުލަކާ ނުލައި ހިނގަހިނގާ އޮންނަ ހަރަކާތެކެވެ. ބޮލުގައި ރިހުމާއި ތަކުލީފާއި އުނދަގޫ ޖެހެނީ އަންނަ ފަސިންޖަރުން ވެހިކަލެއް ހޯދާ އޭގައި މާލެ ނުވަތަ ހުޅުމާލެއަށް ކުރަން ޖެހޭ ދަތުރުގެ ފެށުމެވެ. 

    ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެޖެހުނީ ކަންތަކާއެވެ. ހަނި ކިއުއެއްގައި ޓްރޮލީ ހިފައިގެން ހޭކެމުން ފިރުކެމުން އެތައް އިރަކު ގުޑި ނުލެވި ކޮޅަށް ތިބެން ޖެހެއެވެ. ބޮލާ ދިމާ ހިޔާ ވިޔަސް އަރިމަތިން އަތްވާއި ވާރެ ސެއްލައަށެވެ. މިއީ މިތަން ކުރިން ވެސް އޮތް ގޮތެވެ. ކުރިން މާމޮޅު ގޮތަކަށް އޮތް ކަމެއް މި ސަރުކާރުން ދެރަވަރު ކުރީއެއް ނޫނެވެ.  

    ދެންފަހެ! މިބުނާ ކިއު ބަލަހައްޓަން ތިބޭ ސްޓާފުން ހީވަނީ ސަރުކާރު ދެކެ ރައްޔިތުން ރުޅި އަންނާނެ ގޮތަށް އުޅުން އެއީ އެ މީހުންގެ ވަޒީފާ ބަޔާނުގައި އޮންނަ ކަމެއް ހެންނެވެ. ނޫނީ އެ ވާގޮތަކީ ހާސްކަން ބޮޑު ކިއުއެއް ބަލަހައްޓަން ހަދައިގެން ބޯހާސްވަނީއެވެ.

    ތޮއްޖެހި ބާރު ބޮޑުވިޔަސް އެއަރޕޯރޓަށް ހުސްވާ ވެހިކަލަށް މި ކިއުގައި ތިބޭ މީހުން އަރުވައިގެން ދިއުން މަނަލެވެ. އެކަމަކާ ހެދި އެއަރޕޯޓަށް މީހުން ބާލާފައި ވެހިކަލް ދާންވީ ހުހަށެވެ. އޭރު ކިއު އޮންނަނީ ޓެކްސީއެއް ނުލިބިގެން ގުޅަޖެހިފައެވެ.

    އެންމެ ބޮޑު މައްސަލަ އަކަށް ފެންނަނީ އެއަރޕޯރޓުން ނުކުންނަ ވެހިކަލް ލައިން އޮންނަނީ އެއަރޕޯރޓުން ނުކުންނަން ބޭނުން މީހުންގެ ކިއުއާ ދުރުފަޅީގައި އެ ކިއުގައި ތިބި މީހުން ދާންވާ ކޮޅާ އިދިކޮޅުވާ ގޮތަށެވެ.  

    ހިތަށް އަރަނީ އެއަރޕޯރޓަށް ހުސްވާ ގޮތަށް މީހުން ގޮވައިގެން އަންނަ ވެހިކަލްތައް މިހާރު ދުއްވާ ފަޅިނޫން އަނެއްފަޅިން ވަދެ ޑްރޮޕްއޯފް ޕޮއިންޓަށް މީހުން ބޭލުމަށްފަހު ނުކުންނަން ދާފަޅިއަކީ ޓެކްސީ ކިއު އޮންނަ ފަޅިކަމަށް ހެދޭނެ އެއްވެސް އިންތިޒާމެއް ހަމަޖެއްސިދާނެ ގޮތެއް އޮވެދާނެ ބާއެވެ.

    އެހެން ހަމަ ޖެއްސިއްޖެ ނަމަ ފުރަތަމަ ވާނެ ކަމަކީ އެއަރޕޯރޓަށް މީހުން ބޭލުމަށްފަހު، ދާން ބޭނުންވާ މީހުން ނާރުވާ، ހުހަށް ދާންޖެހޭ ޖެހުން ނިމުނީއެވެ. އަދިހަމަ އެހެންމެ އެއަރޕޯޓަށް މީހުން ބޭލުމަށްފަހު އެ ވެހިކަލް ނުކުންނަން ދާއިރު އޮންނާނީ ޓެކްސީ ކިއުއާ އެއްކޮޅަށް، އެކިއު އޮންނަ ފަޅީގައި، މީހުން އަރުވައިގެން ނުކުންނަން ފަހިވާ ގޮތަށެވެ.  

    ކަމެއް ރަނގަޅު ވަނީ އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވިޔަސް ރަނގަޅު ކުރަން އުޅުނީމައެވެ. ވެހިކަލް ވަންނަ ލައިނާ ނުކުންނަ ލައިންގެ ފަޅި ބަދަލު ކޮށްލުމެކޭ، ނުބައި ކޮޅަށް ލައްވައިގެން ނުހިނގައިގެން އުޅޭ ބެޓްރީ ބުރިއެއްގެ ކޮޅު ބަދަލު ކޮށްލުމެކޭ ތަފާތެއް ނެތެވެ.

    ]]>
    Tue, 07 Mar 2023 13:25:21 +0500 ހީރަސް
    ޔާމީނު ޖަލުގައި ނަމާދު ނުކޮށް އޮންނަނީ ނިދަން! https://heerasnews.com/1110 https://heerasnews.com/1110 ގިނަ ވައްކަމާއި ކޮރަޕްޝަނާއި އެހެނިހެން ބޮޑެތި ކުށްތަކަށް ދިވެހިންގެ މެދުގައި ނަންކިޔޭ ކުރީގެ ރައީސް ޔާމީން ތަންފީޒު ކުރަމުންދާ މަނީލޯންޑަރިންގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އިރު ނަމާދު އަޅާފައި ނިދަން އޮންނަކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

    ގައިދީންނަށް ލިބޭ ޕެރޯލް އަދި ކްލެމެންސީ ލުއި ދިނުމުގައި ވެސް ނަމާދު ކުރުމާއި ދީނީ ކަންކަމަށް ފަރުވާތެރިވާ އަހުލާގު ރަނގަޅު ގައިދީންނަށް ލިބޭ ޕޮއިންޓް އިތުރުވެއެވެ.

    އެހެން ނަމަވެސް ޔާމީން ޖަލުގައި އޮންނަ އިރު ނަމާދު ކުރުމާއި ގުރްއާން ކިޔެވުން ފަދަ ކަންކަމުގެ ބަދަލުގައި ގިނަ ވަގުތު ހޭދަ ކުރަނީ ކަންނެތް ކަމުގައި ކަމަށް ވެއެވެ.

    ވާނީ އެހެންތާއެވެ. ޖަލުގައި އެއޮތީ ދިވެހި މިނިވަންކަން ވިއްޔާއެވެ. ދިވެހިގައުމު ވިއްޔާއެވެ. ޔާމީނު ޖަލުގައި އޮތަކަސް ގައިއަޅާ ވޭނެއް ކެކުޅުމެއް އޮތީއެއް ނޫން ވިއްޔާއެވެ. ޔާމީނު ޖަލުގައި އޮވެގެން ވޭނެއް ކެކުޅުމެއް އެޅިއްޔާ އަޅަނީ ބަޅުކުކުގަ ވިއްޔާއެވެ.

    ޔާމީނު ޖަލުގައި އޮތުމަކީ ޔޫސުފްގެފާނު ޖަލުގައި އޮންނެވުން ފަދަކަމެކޭ ހީވާ ކަހަލައެވެ. އެކަމަކު ޔޫސުފްގެފާނު ވެސް ޖަލުގައި އޮންނެވިރު އަޅުކަން ކުރެއްވުމާއި އިސްތިގްފާރު ކުރެއްވުމުގައި ފިލާ ވަޑައިގަތުމެއް ނުވެއެވެ. ފުއްސެވުމުގައި ޔާމީނަށް ޔޫސުފްގެފާނަށް ވުރެވެސް ޔަގީންކަން ބޮޑީތާއެވެ.

    ގަދަވެ ސަލާމަތުން މިނިވަންކަމާއެކު އުޅުނުއިރުވެސް ތަންޑިޔާމާރުގައި ވެސް ހުކުރަށް ނުދާ މީހަކަށް ޖަލުގައި ކުރަން އޮންނާނީ ނިދުންނޫން ކޮންކަމެއް ހެއްޔެވެ. ސައްދާދުގެ ހެދި ގަނޑުވަރު ސައްދާދަށް ހުރަގެއަށް ވީ ގޮތުގެ އަނެއްކޮޅަށް ޔާމީނު ހެދި ޖަލުގޮޅި އެ އޮތީ ޔާމީނަށް ގަނޑުވަރަށް ވެފައެވެ. ދެފައި ދަމާ ނިދުން ނޫން ކަމެއް ކުރާނެ ކަމެއް ނެތްތާއެވެ. 

    އެހެނެއް ކަމަކު ޖަލުފަދަ މާހައުލެއްގައި ތިބޭ އުމުރުން ދުވަސްވީ ޔާމީނުމެން ފަދަ ފަރާތްތައް ހެލިފެލިވެ ހަރަކާތް މަދުވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަ ތަކަށް ދޭންވާ ސަމާލުކަން ދިނުމުގައި ހައްޔަރީން ގެންގުޅޭ ފަޜަތްތަކުން އެފަދަ ވަލްނަރަބްލް ފަރާތްތަކަށް ވަކި އުސޫލެއް ރާއްޖޭގެ ޖަލުގައި ހަމަޖައްސާ ދީފައި އޮންނަން ވެސް ޖެހެއެވެ.

    ]]>
    Mon, 06 Mar 2023 22:22:40 +0500 ހީރަސް
    ނައިފަރު ޝިޔާމަށް: ހަޔާތެއް ހޭދަކޮށް ތިޔަ ނިންމަނީ ވަގަކާއެކު https://heerasnews.com/1109 https://heerasnews.com/1109 މާތްކަލާކޯ ޝިޔާމޫއެވެ. 5 އަހަރުގެ ހަޔާތެއް ހޭދަކޮށް ތިޔަ ނިންމާލަނީ ވަގެއްގެ ހިމާޔަތުގައެވެ. ނުބައިނުލަފާ ކަމާއި ޖައްބާރު ކަމުން ފައްސާ ނަގަލާފައި ހުރި މުޖުރިމެއްގެ ހިޔަނީގައެވެ. އަނިޔާވެރި ކަމާއި އެތައް ބައެއްގެ ލެއިން ކަޅިވެފައިވާ އަތެއްގެ މުށު ތެރޭގައެވެ. ކޮރަޕްޝަނާ ފަސާދައިން ތަތްތެޅިފައިވާ ބަހީލެއްގެ ދޮލަނގުގައެވެ. ތާށިވެ ނުނެއްޓެވިފައި ތިޔަ ހުރީ ވަގުހަން ލައިގެން އޮތް ސާރިދޯޅެއްގެ ވަކިތަކުގައެވެ.

    ދިވެހި ރައްޔިތުންގެ ޝަކުވާ އަކީ ކޮބައިކަން ޝީޔާމަށް އެބަ އެނގޭ ހެއްޔެވެ. ރައްޔިތުން ޝަކުވާ ކުރަނީ ޔާމީނު ދައުލަތް ދަވާލައިގެން ފުޅިއްސާލިހާ ފައިސާ އަނބުރާ ނުދީގެންނެވެ. ރައްޔިތުން ޝަކުވާ ކުރަނީ ކޯޓުތަކުގައި ޔާމީނުގެ މައްސަލަތައް ހިނގަހިނގާ ހުއްޓާ އިދިކޮޅު ކެންޑިޑޭޓަށް ވެގަނެގެން ކުރިހާ ކުށުން ބޯދަމައިގަންނަން ސިޔާސީ ޗަރުކޭސް ކުޅޭތީއެވެ. ރައްޔިތުންގެ ޝަކުވާއަކީ ކަނު މީހާއަށް ވެސް ފެންނަ ވަރަށް ދައުލަތް ދަވާލައިގެން ހުރެ ކޯޓުތަކުގައި ހެއްދެވިހާ ބޮޑެތި ދޮގު ހަދާތީއެވެ. ރައްޔިތުންގެ ޝަކުވާއަކީ ދައުލަތުގައި ހުރިއްޔާ ހުރި ހަރު މުދަލެއް ވިއްކާލާ ކައި ފުރާލައިގެން ހުރެ ފަހުން އަންނަ ބަޔަކަށް ދައުލަތް ނުހިންގޭ ވަރަށް މުޅި ދައުލަތުގެ ވާގި ނައްތާލާފައި ވާތީއެވެ.

    ރައްޔިތުންގެ ކަންބޮޑު ވުމަކީ ގޮތްނޭގޭ މަރުތަކެއްގެ އަނދިރި ފަރާތުން ޔާމީނުގެ ހިޔަނި ފެންނާތީއެވެ. ރައްޔިތުން ހައިރާންވަނީ ރައީސްކަމުގައި އިތުބާރުކޮށް އެކުގައި މަސައްކަތްކުރި އެތައް ބަޔަކު ޗާޓުން ބޭރުކޮށްލީތީއެވެ. ދެ ނައިބު ރައީސުންނާއި ދިފާއީ ވަޒީރު އޮޅުއަޅާ ޒަމާން ދުއްވާލީތީއެވެ.

    ރައްޔިތުން ރުޅި އަރަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެޓަވަރުން ޓަވަރެއް ފެންފޮދަކާ ނުލާ ދިރުވާލީތީއެވެ. ބުރިޖުން ދެލޭނު އަމިއްލަ ފައިކޭޓައް މަހާލީތީއެވެ. ބެގް، ބޮރޯ، ސްޓީލްގައި މުޅި ހަޔާތް ވޭތުކޮށްލާތީއެވެ. 

    ރަންކޮޅާ ޝިޔާމޫއެވެ. ނަސީބު ރަނގަޅުކަމުން ތިޔަހެން އަޑުލާން ތިޔަ ތާކަން ފައިނު މާވަޑި އާދަނާއި ތިޔަ ކަހަލަ ދެތިން ކެނައިނަށް ވަދެ ވުނަކަސް ގިނަ ރައްޔިތުން ކަލޯމެންގެ މަތީން ފޫހިވީ ވަރުން ބަޅުރުކު ގިނަ ސޮހޮލުން ތިޔަ ތާކަށް ވަނަކަ ނުދިން ނުން ހެއްޔެވެ. ފޭލިވީ އަތޮޅު މީހާއެއް ނޫނެވެ. ފޭލިވީ ޔާމީނާ ބަޅުރުކު ކުދިންނެވެ. 

    ]]>
    Mon, 06 Mar 2023 20:11:38 +0500 ހީރަސް
    ސާލިމް މަރަން ހުކުމްކުރި ގާޒީ ހައިކޯޓް ބެންޗަށް https://heerasnews.com/1108 https://heerasnews.com/1108 އދ. ދަނގެތީގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައިވާ އެ ރަށުގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރުގެ ގާތިލް ޝާހް އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 27 ފެބްރުއަރީ 2022 ގައެވެ. ގާތިލް ސާލިމް މަރަން ހުކުމް އިއްވީ ކްރިމިނަލްކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

    ގާޒީ ޝަކީލަކީ ބޮޑެތި މައްސަލަތަކުގައި ރަނގަޅަށް ފައިސަލާ ކުރުމަށްފަހު ހުކުމް އިއްވުމުގައި ޖެހެލުން ކުޑަ ގާޒީއެކެވެ. އާދަޔާ ހިލާފް ބޮޑެތި މައްސަލަތަކާ ގުޅިގެން އެކި ފެންވަރުގެ އިންޒާރުތައް ގާޒީ ޝަކީލަށް ލިބިވަޑައިގަންނަވައެވެ.

    ގާޒީ ޝަކީލް ބައްލަވާ ހުކުމް ކުރައްވާފައި ވަނީ ކުރީގެ ރައީސް ޔާމީނުގެ މައްސަލަ އެކަންޏެއް ނޫނެވެ. ހަނދުމަފުޅު އައުކޮށް ލައްވާށެވެ. ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އުފުލުނު ރިޝްވަތާއި މަނީލޯންޑްރިންގ ކުށް ސާބިތުވުމުން ނިޔާ ކަނޑަ އެޅުއްވި ހުކުމް ނޫނަސް ގާޒީ ޝަކީލް ވަނީ އެތައް މައްސަލައެއްގައި އެތައް ބަޔަކަށް ކުދި ބޮޑު ހުކުމްތައް ކުރައްވާފައެވެ. ނުރައްކާތެރި ބިރުހުރި ކިތަންމެ މައްސަލައެއް ގާޒީ ޝަކީލް ވަނީ ބައްލަވާ ހުކުމް ކުރައްވާފައެވެ.

    ނޮވެމްބަރު، 2015 ގައި  ހުސައިން ރަޒީން (ރަބަރޭ) މަރައިލުމަށް ފަހު ލަންކާގެ ސަރަހައްދަކަށް އެއްލާލާފައި އޮއްވާ ފެނުނު މައްސަލައިގެ ޝަރިޢަތް ކުރެއްވީ ވެސް ގާޒީ ޝަކީލެވެ.

    ރައީސް ޔާމީނުގެ ވެރިކަމުގައި ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރު ފެނުނު މައްސަލައެއް ތިލަވިއެވެ. ހިބަޅިދޫ ހަތިޔާރު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އިތުރު ބަޔެއްގެ މައްޗަށް ކުށްސާބިތުވިއެވެ. އަދީބާ ދެކޮޅަށް އުފުލުނު ހިބަޅިދޫ މައްސަލައިގައި އަދީބަށް ހުކުމް ކުރެއްވީވެސް ގާޒީ ޝަކީލެވެ.

    ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމުގެ ދޮގު ތުހުމަތުގައި ގާސިމް އިބްރާހީމް އާއި ދެކޮޅަށް ޔާމީނު ސަރުކާރުން ދައުވާކުރިއެވެ. ނުފޫޒު ފޯރުވައިގެން ގާސިމް އިބުރަހިމްއަށް ހައްގު ނޫން އަދަބު ތަކެއް ދޭން ރައީސް ޔާމީނު ވެރިކަމުގައި ހުންނަވައިގެން މަސައްކަތް ތަކެއް ކުރެއްވިއެވެ. އެ ނުފޫޒުގައި އެ ފަހަރު ވެސް ގާޒީ ޝަކީލު ޖެހިވަޑައެއް ނުގަތެވެ.  ނަތީޖާއަކަށް ވީ ޔާމީނު ސަރުކާރުން ނުފޫޒު ފޯރުވައިގެން ގާޒީ ޝަކީލް ފެމެލީކޯޓަށް ބަދަލު ކުރުމެވެ. އެކަމުން އެނގިގެން ދަނީ ވަޒީފާގެ ބިރަށް ގާޒީ ޝަކީލަކީ އެއްވެސް އިރަކު އިންސާފުން އެއްކިބާވެ ވަޑައިގެން ބޭފުޅެއް ނޫންކަމެވެ.

    ހަރުކަށިކަމާއި އަނިޔާވެރިކަމާއި ޖެހެލުން ކުޑަކަމަށް ބަލާއިރު ކުރީގެ ރައީސް ޔާމީނަށް ވުރެ އަރާހުރި ވެރިއަކު މިގައުމު ނުދެކެއެވެ. ޔާމީނުގެ އަނިޔާވެރިކަމާއި ނުފޫޒަށް ބޯ ނުލެންބެވުނު ގާޒީއަކު މި ސަރުކާރަށް ބޯ ލެންބޭނީ ކިހިނެތް ހެއްޔެވެ.

    ގާޒީ ޝަކީލު ހައިކޯޓަށް ބަދަލުވެ ވަޑައިގަތީ ހުސްވެފައިވާ މަގާމަކަށް އެޕްލައި ކުރައްވައިގެން ގާނޫނީ ހަމައިންނެވެ. ވަކި މައްސަލައެއްގައި ވަކި ގޮތަކަށް ހުކުން ކުރުމަކުން ނޫނެވެ. އަދުލުވެރިކަމާއި ގާބިލުކަން ހުރެގެންނެވެ.

    ސިޔާސީ ބޭނުމުގައި ޝަރުއީ ނިޒާމުގެ އިތުބާރު ކަނޑުވާލަން ޔާމީނުގެ ވަކީލުން ގޮތުގައި އުޅޭ މީހުން ޖުޑިޝަރީއަށް ދޭހަމަލާތައް ޖުޑިޝަރީން ހުއްޓުވަން ޖެހެއެވެ. ޖުޑިޝަރީއަށް އިތުބާރު ނުކުރެވޭއިރު އިންސާފް ހޯދުމުގެ ނަމުގައި ކޯޓު ތަކަށް ވަދެ ޑރ. ޖަމީލުމެން އާމްދަނީ ހޯދަން ބޭނުން ކުރާ ދަނޑުބިމަކަށް ކޯޓުތައް ހަދާ ހެދުން ނިމުމަކަށް ގެނުވަން އެބަޖެހެއެވެ. 

    ]]>
    Mon, 06 Mar 2023 17:47:03 +0500 ހީރަސް
    ގާޒީ ޝަކީލުގެ ހުކުމަކަށް ޖަލުގައި އޮތީ ޔާމީން އެކަނި! https://heerasnews.com/1107 https://heerasnews.com/1107 ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލް ފައިސަލާ ކުރައްވާފައި ވަނީ ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ހުށަހެޅުނު ވ. އާރަށު މައްސަލަ އެކަންޏެއް ނޫނެވެ. ހައިކޯޓަށް ފަނޑިޔާރުން ބޭނުން ވެގެން އިއުލާނު ކުރުމުން އެކަމަށް ޝަރުތު ހަމަވާ ކޮންމެ މީހަކަށް ވެސް އެ ގަމާށް އެދުމުގެ ހައްގުލިބިގެންވެއެވެ. އެއީ ގާނޫނު އަސާސީން ލިބިދޭ ހައްގެކެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލް އެހައްގުން މަހުރޫމު ކުރުމުގެ ހައްގެއް އެއްވެސް ފަރާތަކަށް ނުއޮންނާނެއެވެ. 

    މަގާމަށް އެދި ކުރިމަތިލީ މީހުންގެ ތެރެއިން ތައުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އެންމެ އެކަށީގެންވާ މީހަކަށް ވަޒީފާ ހަމަޖެއްސުމަކީ އެކަން ކުރާގޮތެވެ. ވަކި މީހެއްގެ މައްސަލައެއް ބެލި މީހަކަށް ވިޔަތީ މީހަކަށް ލިބެންޖެހޭ ހައްގަކުން މަހުރޫމެއް ނުކުރެވޭނެއެވެ. ގާޒީ ޝަކީލް ހައިކޯޓް ފަނޑިޔާރަކަށް ބަދަލު ކުރުމަކީ ނެތް މަގާމެއް އުފައްދައިގެން ދިން ހަދިޔާއެއް ނޫނެވެ. 

    ކުށުގެ ބޮޑެތި އެތައް މައްސަލައެއް ގާޒީ ޝަކީލު ވަނީ ބައްލަވާ ފައިސަލާ ކުރައްވާފައެވެ. ޝަކީލު ދަށު ކޯޓުގައި ނިންމެވި މައްސަލަ ތަކުން އިސްތުއުނާފް ކުރެވުނު މަދު މައްސަލައެއްގައި ނޫނީ ޝަކީލު ކުރައްވާފައިވާ ހުކުމަށް މަތީ ކޯޓް ތަކުން ވަނީ ތާއީދުކޮށްފައެވެ. އެ ކަމުން ވެސް އެނގިގެން ދަނީ ގާޒީ ޝަކީލުގެ އިންސާފް ވެރިކަމެވެ. ފަނޑިޔާރު ކަމަށް ތަސައްރަފް ފުދޭ މިންވަރެވެ. އެ ފަދަ ބޭފުޅަކު ހައިކޯޓްގެ ބެންޗަށް ކުރިމަތި ލައްވާފައި ވަނިކޮށް އެ ބޭފުޅަކު ނުނަގާ ނަގަން އޮންނާނީ ކާކު ހެއްޔެވެ.

    ފަނޑިޔާރުގެއަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުންގެ ކުރިމަތީގައި ވަކި މީހަކީ ތަފާތު މީހެއް ނޫނެވެ. މަސްވެރިޔަކަސް ދަނޑުވެރިޔަކަސް ރައީސްކަން ކޮށްފައި ހުރި މީހަކަސް ފަޑިޔާރުންގެ ކުރިމަތީގައި ހަސްމުން ވަނީ ހަސްމުންނަށެވެ. ކުރީގެ ރައީސް ޔާމީނު ވެގެން މައުމޫނު ވެގެން ހާއްސަ އިމްތިޔާޒެއް ޝަރީއަތުގައި ނުއޮންނާނެއެވެ. ހުށަހެޅުނު މައްސަލަ ނިމުމުން އެކަން އެ އޮތީ ނިމިފައެވެ. ވަކި މައްސަލައެއް ބެލި ފަނޑިޔާރަކަށް ވިތީ ވަކި މަގާމެއް ނުދެވޭނެ ހަމައެއް ދުނިޔޭގެ ތާކުނުވެއެވެ. 

    ރާއްޖޭގައި ޝަރީއަތް ކުރާނެ ފަނޑިޔާރުންނާއި ޝަރީއަތް ކުރާނެ ގޮތާއި ފަނޑިޔާރުން އިސްކުރުމާއި ވަކިކުރުމަކީ ޕީޕީއެމްއަށް އޮތް ކަމަކީ ހެއްޔެވެ. ކުރީގެ ރައީސް ޔާމީނަކީ ޕީޕީއެމަށް ވަގަކަށް ނުވެދާނެއެވެ. ޔާމީނު ރައީސް ކަމުގައި ހުރެ ރިޝްވަތު ހިފިކަމާއި މަނީލޯންޑަރ ކުރިކަން އެއޮތީ ޝަރީއަތަށް ސާބިތުވެފައެވެ. ކިތަންމެ ބާރަށް ހުކުމް ހަރާމޭ ގޮވަމުން ނެގިނެގިފައި ޖެހުނަސް ވަގުކަލޭގެ އެއޮތީ ޖަލުގައެވެ. މޮޅިއްޔާ އިސްތިއުނާފް ކޮށްގެން ނެރެލަބަލާށެވެ. ޔާމީނަށް ހުކުމް ކުރި ގާޒީއާއި ވިއްދާލައިގެން ޝަރީއަތަށް ނުފޫޒު ފޯރުވަން ޒާތްޒާތަށް ބިރުދައްކަން ނޫޅޭށެވެ.

    އަޖައިބެކެވެ. ގާޒީ ޝަކީލު ކުރެއްވި ހުކުމަކަށް ޖަލު ހުކުން ތަންފީޒު ކުރެވެނީ ޔާމީން އެކަންޏަކަށް ނޫނެވެ. ގާޒީ ޝަކީލު ހުކުން ކުރައްވައިގެން ޖަލު ހުކުން ތަންފީޒުކުރާ އެތައް ބަޔަކު އެބަތިއްބެވެ. އެހެން ނޫނަސް ހެންވޭރު ދޫވެހި އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަކާ ޕީޕީއެމަކާ ކީކީހެއްޔެވެ. ޔާމީނު ޖަލުގައި އެއޮތީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ވެގެނެއް ނޫނެވެ. ރިޝްވަތާއި މަނީ ލޯންޑަރިންގ ގެ ކުށްވެރިއަކަށް ވެގެންނެވެ.

    ]]>
    Mon, 06 Mar 2023 13:49:24 +0500 ހީރަސް
    ވެންޓިލޭޓަރ ވާހަކަ ދައްކަން އަފީފް ރީއްޗެއްނޫން https://heerasnews.com/1106 https://heerasnews.com/1106 ކޮވިޑްގެ ހާލަތު މިހާރަކު އެކަކުވެސް ހަނދާނެއް ނެތެވެ. ލައްކަ ލައްކައިން ކޮންމެ ދުވަހަކު ދުނިޔޭން މީހުން މަރުވަމުން ދިޔަކަން ހަނދާނެއް ނެތެވެ. އެމެރިކާ ފަދަ ފޯރާ އިތުރުވެފައި ތިބި ގައުމުތައް ވެސް އެ ދުވަހު ތިބީ ގޮތް ހުސްވެފައެވެ. ހުރިހާ ގައުމެއްގައި އޮތީ މަރުތަޅު އަޅުވާފައެވެ. އެއް ގައުމުން އަނެއް ގައުމަށް ދަތުރު ފަތުރެއް ނުކުރެވެއެވެ. އެއްގެއިން އަނެއްގެއަށް މީހުން ގޮހެއް ނޫޅެވެއެވެ. އެންމެންހެން ތިބީ މަރުގެ ތުންފަތްމަތީގައި ގަޑި ގުނާލަ ގުނާލައެވެ.

    ދެވޭނެ ފަރުވާއެއް ބޭހެއް ނެތެވެ. މުޅި ދުނިޔެހެން އޮތީ ވެންޓިލޭޓަރުގައެވެ. ވެންޓިލޭޓަރަކީ އެ ހާލަތަށް އެންމެ ބޭނުން ބޮޑުވި އާލާތެވެ. ފަރުވާއެވެ. އެމެރިކާގައި ވެސް ކާރު އުފައްދާ ކުންފުނިތަކަށް މަޖުބޫރު ކޮށްފައި އޮތީ ވެންޓިލޭޓަރ އުފައްދާށެވެ. އެ ބަޔަކަށް ލިބެން އޮތް ގޮތަކުން ވެންޓިލޭޓަރ ހޯދުމަކީ ހުރިހާ ސަރުކާރުން އެއިރު އެންމެ އިސްކަން ދިން ކަންތަކެވެ. އުފެއްދުންތެރި ކަމެއްނެތް ރާއްޖެ ފަދަ ގައުމުތަކަށް އޮތްހާ ވެސް ގޮތަކީ ލިބެން އޮތް ގޮތަކުން ވެންޓިލޭޓަރ ހޯދުމެވެ. 

    ވެވަށް ވެއްޓުނު ގެރިއަށް ވެގެން ވެންޓިލޭޓަރު ނުލިބި ރައްޔިތުންގެ ގިނަ ބަޔަކު މަރުވެ ދާތަން ބަލަހައްޓައިގެން ތިބޭކަށް ސަރުކާރަކަށް ކުޅަދާނައެއް ނޫނެވެ. ލިބެން އޮތް ގޮތަކުން ވެންޓިލޭޓަރ ހޯދުން ނޫން އެއްވެސް ގޮތެއް އޭރަކު ނެތެވެ. މަރުގެ ތުންފަތް މަތީގައި ރައްޔިތުން ތިބިއިރު އެކަން ކޮށްދޭނެ ކަމަށް އިތުބަރާއެކު ބުނާ ބަޔަކު ބުނާ ގޮތަކަށް އެކަން ނުކޮށް ވާނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. 

    އެއިރަކީ ހުރިހާ އޮފީސްތައް ބަންދުވެ ކޮންމެހެން ނިކުންނަން ޖެހޭ މީހުން ނޫން ބަޔަކު ބޭރަށް ނިކުމެ އުޅުން މަނާ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. ނިކުމެ އުޅޭ ބަޔަކު ނިކުމެ އުޅެނީ ވެސް ސިއްހީ ހިދުމަތް ދިނުމަށާއި ކާބޯތަކެތި ފޯރުކޮށް ދިނުމަށެވެ. ނިކުތުން މަޖުބޫރު މީހުން އެކަންޏެވެ. ހިދުމަތަށް ނިކުމެ އުޅުނު މީހުންވެސް ތިބެން ޖެހިފައި އޮތީ އެކަހެރި ތަންތާ އައިސޮލޭޓް ވެގެންނެވެ.

    ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ ކަމެއް ކުރުމަށް އާއްމު ހާލަތުގައި ކަންކަން ކަށަވަރު ކުރުމަށް އޮންނަ ހުރިހާ އިޖުރާތެއް ފުރިހަމަ ކުރެވުމަކީ މުސްތަހީލު ކަމެކެވެ. ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުގެ އިސްވެރިޔާ ދޭ މަޝްވަރާ އަކަށްވުރެ އިތުބާރު ހުރި އެހެން މަޝްވަރާއެއް އެ ހާލަތުގައި ހޯދޭނެ ހެއްޔެއވެ. ފުރާނަ އަތްމައްޗަށް ލައިގެން މުޅި ދުނިޔެ އޮތް ދަނޑިވަޅެއްގައި މަކާރާ ހީލަތުން ބަޔަކު ކަމެއް ކޮށްފާނެ ކަމަށް އެކަކުވެސް އުންމީދެއް ނުކުރާނެއެވެ. 

    އާއްމު ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ކުރަންޖެހޭ ހޭދައެއް ނުކުރެވި އިޖުރާތެއްގައި ބަނދެވިގެން އެކަން ނުވުމަށް ވުރެ ކުރެވެން އޮތް ގޮތަކަށް އެ ދަނޑިވަޅުގައި އެކަމެއް ކުރާނެއެވެ. ކުއްލި ނުރައްކަލުގެ ހާލަތަކީ އާއްމު ހާލަތެއް ނޫނެވެ. ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރެވޭ ކަމެއްގެ ސަބަބުން ލިބޭ ގެއްލުން ފޫބެއްދުމަކީ އާއްމު ހާލަތަށް އައުމުން ކުރެވޭނެ ކަންކަމެވެ. އެކަމުގައި އިޖުރާއަތާއި އެއްގޮތަށް އެ ހާލަތުގައި ކަންކަން ނުކުރެވިގެން ލިބޭ ގެއްލުމަކީ ގަސްދުގައި ސަރުކާރު ހިންގަން ތިބި ބަޔަކު ދިން ގެއްލުމެއް ކަމަށް ބަލައިގެން ސިޔާސީ ޗަރުކޭސް ކުޅެނީ އޭގެން ނާޖާއިޒު މަންފާ ހޯދަން އުޅެ ނުލިބިގެންނެވެ. 

    ވެންޓިލޭޓަރ ހޯދައިދޭން މަތިވީ އެގްޒެކިއުޓާސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވުން އޮވެ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެކެވެ. އެހެން އެކަން އޮވެމެ މުޅި މަންޒަރު ބަދަލުކޮށްގެން ވެންޓިލޭޓަރ މައްސަލަ ހޫނުކޮށް ކައްކަނީ ކާކު ކީއްވެކަން ވަރަށް ސާފެވެ.

    އޭރު ހާލަތު އޮތް ގޮތުން ވީ އެންމެ އަވަހަކަށް ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތް ކަން ސިއްހީ މާހިރުންގެ ލަފާކުރުން ތަކުން ވެސް ފެންނަން އޮތެވެ. އޭގެ އެޑްވާންޓޭޖް ނެގީ އޭރު ވެސް މިހާރު ވެސް ސިޔާސީ ގޭމު ކުޅެގެން ޒާތީ މަންފާ ހާސިލު ކުރުމުގައި ދެވަނައެއް ނެތް މީހާއެވެ.

    ދުބާއީ އެގްޒެކިއުޓާސް ކުންފުންޏަށް އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 75 ޕަސެންޓް ދައްކައިގެން ނޫން ގޮތަކަށް ވެންޓިލޭޓަރުތައް ލިބެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އޭރު އޮތީ ފިނޭންސަށް އަންގާފައެވެ. ރައްޔިތުންގެ ފުރާނައަށް ނުރައްކާ އޮތްލެއް ބޮޑުކަމުން ކުއްލި ނުރައްކަލުގެ ހާލަތުގައި އެ ނޫން ގޮތެއް ނެތިގެން ސަރުކާރުން އެ ފައިސާ ދެއްކީއެވެ. ކަމަކީ އެހާ ސާފުކޮށް އެގެން އޮތް ކަމެކެވެ.

    ރާއްޖެއަށް ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތުގައި ވެންޓިލޭޓަރ ހޯދައިދޭނެކަމަށް ބުނި ކުންފުންޏެއްގެ linked-clinics-of-covid-19-testing-fraud ހިއްސާދާރަކު މިހާރު މަގާމުގެ ނާޖާއިޒު ބޭނުން ކޮށްގެން ސަރުކާރު ބަދުނާމް ކުރަން ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމުގެ ނިޔަތް ރަނގަޅެއް ނޫނެވެ. އޭރަކީ ކުއްލި ނުރައްކަލުގެ ހާލަތު ނަމަވެސް ވެންޓިލޭޓަރ ގެ މައްސަލަ ތަހުގީގުކޮށް ޝަރީއަތަށް ފޮނުވަންޖެހޭ މީހުން ޝަރީއަތަށް ފޮނުވަން ޕީޖީއަށް ހުށަހަޅާފައި ވަނިކޮށް ވިލުފުށި އަފީފް ރައީސް ނަޝީދާ ގުޅިގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ.

    ވިލުފުށީ އަފީފްގެ މަސްލަހަތު އޮތް ކުންފުންޏަށް ކޮވިޑް ޓެސްޓްކިޓާއި އިމަރޖެންސީ ރައްކާތެރި ހެދުމާއި އެކަމާ ގުޅޭ މެޝިނަރީއާއި އެހެނިހެން އާލާތްތައް ފޯރުކޮށް ދިނުމުގެ ވިޔަފާރި ލިބުނު ވާހަކައާއި އެ ކަމުގައި ނެގި ނާޖާއިޒު ފައިދާގެ ވާހަކަ އަމިއްލައަށް މަޖިލީހުގައި ދެއްކިއްޔާ މާ ތާހިރު ވާނެއެވެ. 

    ]]>
    Sun, 05 Mar 2023 19:37:06 +0500 ހީރަސް
    ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ފެށުން https://heerasnews.com/1105 https://heerasnews.com/1105 އައްޑޫސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ބަޔަކާ ހަވަލުކޮއްފިއެވެ. މީރުމާ ބިލްޑިންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

    އެއްބަސްވުމުގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ)ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ގައިސް ނަސީރުއެވެެ. މަސައްކަތާއި ހަވާލުވި އިންޑިއާ ކުންފުނި ރެނާޓަސްގެ ފަރާތުން ސޮއި ކުރެއްވީ ޗެއާމަން ސިލްވަ ސެންދްރަމްއެވެ.

    އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ގަން އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން ނިންމާފައި ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށެވެ.

    މި ސޮއި ކުރި އެއްބަސް ވުމުގެ ދަށުން ހިންގާ ގަން އިންޓަރނޭޝަނަލް އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއުގައި ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް އިތުރަށް ބޮޑުކޮށް ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތައް ގާއިމު ކުރުން ހިމެނެއެވެ. މުޅިން އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ވެސް ބިނާކުރެވިގެންދާނެއެވެ. ގަން އެއާރޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާއެކީ ކާގޯ ވަސީލަތްތައް ތަރައްގީކޮށް މަގުތައް ހަދައި ޕާކިންއާއި އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފުރިހަމަ ކުރާނެއެވެ.

    ]]>
    Sun, 05 Mar 2023 16:11:59 +0500 ހީރަސް
    ގައިޑް ހަރަކާތުގެ ފަރުދީ އެންމެމަތީ އެވޯޑް ފަޒްނާއަށް https://heerasnews.com/1104 https://heerasnews.com/1104 ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާރލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑް މެޑަމް ފަޒްނާއަށް އަރުވައިފިއެވެ. ރައްޖޭގެ ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް މިއެވޯޑު އަރުވާފައި ވަނީ މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަނުގެ 2022 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.

    ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގާރލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަންއިން ގައުމުތަކުގައި ގާރލްގައިޑް ހަރަކާތް ކުރިއެރުވުމަށް މަސައްކަތްކުރައްވާ ވަކި ފަރުދުންނަށް ދެވޭ އެންމެމަތީ ޝަރަފުވެރި އެވޯޑް އަރުވާފައިވަނީ މެޑަމް ފަޒްނާ ގަރލް ގައިޑް ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތައް ފާހަގަކޮށް އެކަމުގެ އަގުވަޒަން ކޮށެވެ. އެ އެވޯދަކީ އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑުގެ އިންޑިވިޖުއަލް ކެޓަގަރީން އެކަމަނާއަށް އަރުވާފައިވާ އެވޯޑެކެވެ. މިއީ ރާއްޖޭގެ ފަރާތަކަށް މިއެވޯޑް އެރުވުނު ފުރަތަމަ ފަހަރެވެ.

    ހިލޭ ސާބަހަށް މަސައްކަތް ކުރުމުގެ ކެޓަގަރީން އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 5 ފަރާތަކަށް ލިބުނު އެ ރަސްމިއްޔަތުގައި އޭޝިއާ ޕެސިފިކް ރީޖަން އެޕްރިސިއޭޝަން އެވޯޑް 4 އޮގަނައިޒޭޝަނަކަށް ދީފައިވެއެވެ. 

    ރަސްމިއްޔަތުގައި ވޮރަންޓް ސެޓްފިކެޓް ލިބުނު ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ޗީފް ގައިޑް މެޑަމް ފަޒްނާ އަހުމަދެވެ. ކޮމިޝަނަރ ސެޓްފިކެޓާއި ހިދުމަތުގެ އެވޯޑް އަދި ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވީ ޗީފް ކޮމިޝަނަރ ނިއުމަތު ޝަފީގެވެ. މި ރަސްމިއްޔާތުގައި 5 އަހަރާއި 30 އަހަރާއި ދެމެދުގެ މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައިވާ 75 ފަރާތަކަށާއި، މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ އެޕްރިސިއޭޝަން އެވޯޑު ހާސިލްކުރި 2 ފަރާތަކަށް ވެސް އެވޯޑް ދީފައިވެއެވެ.

    ]]>
    Sun, 05 Mar 2023 15:02:17 +0500 ހީރަސް
    ޕާކްކުރެވެން އޮތް ހުރިހާ ތަނެއް ސްލޮޓް ވިއްކާ ހުސްކޮށްފި https://heerasnews.com/1103 https://heerasnews.com/1103 މާލެސިޓީއަކީ މުއިއްޒު ބޭނުން ގޮތަކަށް މޮޑޭން އޮތް ފުއްގަޑެއް ނޫނެވެ. މާލެ ސިޓީއަކީ ދިވެހި ސަރުކާރުގެ އިހުތިސާސުން ބޭރުގައި އޮތް ތަނެއް ވެސްނޫނެވެ. މާލެ ސިޓީއަށް ވެސް ހިނގާނީ ދިވެހި ސަރުކާރުގެ ސިޔާސަތާއި އުސޫލެވެ. ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމުގެ އާރެއް ބާރެއް މުއިއްޒަކަށް ނުއޮންނާނެއެވެ. މާލެ ސިޓީގެ މިލްކްވެރިއަކީ މުއިއްޒެއް އެއްނޫނެވެ. ދިވެހި ދައުލަތެވެ.

    މާލެ ސިޓީގެ ކަންކަން ކުރަންޖެހޭ ގޮތާއި ކުރެވެން އޮތްގޮތް ކަނޑައަޅާނީ ދިވެހި ސަރުކާރުންނެވެ. ސިޓީ ކައުންސިލަކީ ސަރުކާރުގެ ސިޔަސަތާއި އެއްގޮތަށް މާލެ ސިޓީގެ ކަންކަން ހިންގާ ދިނުމަށް ރައްޔިތުން އިންތިހާބު ކުރާބައެކެވެ.

    އެހެނެއް ކަމަކު ސިޓީ ކައުންސިލަކީ ފެޑެރަލް ސަރުކާރެއް ކަމުގެ އިހުސާސް މުއިއްޒަށް ކުރެވި ތަނެއް ދޮރެއް ނުބަލާ ބިންތައް ކުއްޔަށް ދިނުން ފަދަ މުޅި ނިޒާމް ގަޑުބަޑުވާ ޒާތުގެ ކަންކަން ކުރުމަކީ މުއިއްޒުގެ އާދައަކަށް ހަދައިފިއެވެ. އަސާސީ ހިދުމަތާ ގުޅުން ހުރި ކަންކަމުން ވެސް އަތްގުޅި ނުކާވަރުގެ އަގު އެބަ ނަގައެވެ.

    މާލެ ސަރަހައްދުގައި ބިން ހިއްކުމާއި އެ ނޫންވެސް ބޮޑެތި ބޮޑެތި ކަންކަން ކުރުމަކީ ސަރުކާރުން ކުރަން ޖެހޭ ކަންކަމެވެ. ގުދުރަތީ ބިމަކަސް، ހިއްކި ބިމަކަސް، ބިމަކަށް ވުމަށްފަހު އެ ބިމުގެ މިލްކްވެރިކަން މާލޭ ސަރަހައްދުގައި އޮންނަން ޖެހެނީ މުއިއްޒަށެވެ. ހިތުހުރި ވަރަކަށް ކަޓް ނަގައިގެން ހިތުހުރި ތާކުން ޕާކިންގ ވިއްކަނީއެވެ. ނަރީޝްމެންގެ ޖީބަށް މިލިޔަން ރުފިޔާ ވައްދައިގެން ބިން ދޫކުރެވޭނީ ގިނަގިނައިން ކަނިވާ ސަހައްދު ކަހަލަ ބިންތަން ސިޓީކައުންސިލަށް އޮވެގެންތާއެވެ.

    ހަމަތެދެކެވެ. މަގުބަންދު ބޯޑެއް ވެސް ބަހައްޓާލެވެނީ މުއިއްޒު ބުނާ ވަރަކަށް ފައިސާ ދީގެންނެވެ. މަގު ބަންދު ކުރަން ހުއްދަ ނަގަން ޖެހެނީ ވަކި ހަމައެއްގެ މަތިން ތަރުތީބެއް ހިފެހެއްޓުމަށެވެ. ހިނގާ ބިނގާވެ އުޅެ މީހުންނާއި ދުއްވާ އެއްޗިއްސަށް ވީހާވެސް ތަކުލީފް ކުޑަކޮށް ދިނުމަށެވެ. މަގުބަންދު ބޯޑަށް ނަގާ ބޮޑު އަގަކުން މަގު ބަންދު ކުރުމުން އާއްމުން އުފުލަން ޖެހޭ ތަކުލީފް ކުޑައެއް ނުވެއެވެ. އަގެއް ނުނެގިޔަސް މަގު ބަންދު ކުރަން ހުއްދަ ދެވޭނެއެވެ. އެކަމަކުން ލޯލާރިއެއް ވެސް ސިޓީ ކައުންސިލަކަށް ނުގެއްލޭނެއެވެ. މަގު ބަންދު ހުއްދަދިނުމުގައި އުޅޭ މީހުނަށް ދައުލަތުން މުސާރަ ދެއެވެ. ކައުންސިލުން ދޭންޖެހޭ ހިދުމަތް ދިނުމަށް ބަޖެޓް އޮވެއެވެ.

    ކަރަންޓާއި ފެނާ ނަރުދަމާއާއި ކެބަލްޓީވި ފަދަ ހިދުމަތްތައް ދިނުމާއި ގުޅިގެން މަގެއް ކޮނުމާއި ޖަގްޝަނެއްގެ މަތި ނެގުން ފަދަ ކަމަކަށް ހުއްދަ ދިނުމަށް ސިޓީ ކައުންސިލަށް ބޮޑު އަގެއް ނަގަން ޖެހޭ ސަބަބެއް ނެތެވެ. އެކަމަށް ނަގަފައިސައަކުން މަގުމަތި ބެނުންކުރާ މީހުން އުފުލަންޖެހޭ އުދަނގުލަކަށް ލުޔެއް ނުލިބެއެވެ. ކަރަންޓްގެ ހިދުމަތާ ގުޅިގެން ނަގާ ހުއްދައަށް ސިޓީކައުންސިލަށް ފައިސާ ނެގެނީ ސްޓެލްކޯ އަކުން ނޫނެވެ. މާލޭ މީހާގެ ޖީބުންނެވެ. މުއިއްޒު ކުރަންވީމާ އެކަންކަން އޯކޭއެވެ.  

    މާލެތެރެއިން ބޮޑެތި އަގު ތަކުގައި ޕާކިންގ ސްލޮޓް ވިއްކާ އާއްމުކޮށް ޕާކްކުރެވެން އޮތް ހުރިހާ ތަނެއް މުއިއްޒުގެ ވިޔާފަރިއަކަށް ހެދީމާ ޕާކްކުރާނެ ތަން ހުސްވެއެވެ. ވަކިވަކި މީހުންގެ ވަގުފު ބިންކޮޅުތައް ގިނަވެ ލާރިނެތް މީހާ ޕާކް ކުރާނޭ ތަނެއް ނޯވެއެވެ. އެއްގަމު އުޅަނދު ޕާކު ކުރެވޭނެ ފުރިހަމަ އިންތިޒާމް ތަކެއްނެތީ މާލޭގެ މަގުތަކަކީ މުއިއްޒުގެ ވިޔަފާރި މުދަލަކަށް ހެދުމުންނެވެ. 

    ބޮޑުއަގުގައި މާލޭން ޕާކިންގ ސްލޮޓް ވިއްކައިގެން އާއްމު ޕާކިންގ އޭރިޔާތައް ހުސްކޮށްގެން ހުރެ ފާޑުފާޑުގެ ގޮވާލުން ގޮވާލާކަށް މުއިއްޒު ތާހިރެއް ނޫނެވެ. މާލޭގެ އާއްމު ސަރަހައްދުތަކުގައި ވަގުފުބިމުގެ ގޮތުގައި ބޮޑު އަގު ނަގައިގެން ވަކިބަޔަކަށް ބިންތަކެއް ހާއްސަކޮށްފައި އޮތުމުން އާއްމުކޮށް ޕާކްކުރާނެ ތަނެއް ނޯވެއެވެ. ޒޯނުން ބޭރުގައި ގިނަ ބަޔަކަށް ޕާކްކުރަން ޖެހެނީ މުއިއްޒު ޕާކިންގ ސްލޮޓްގެ ވިޔަފާރި ފެށުމުންނެވެ. މުއިއްޒުގެ ޕާކިންގ ސްލޮޓް ވިޔަފާރި ބޮޑުވެގެންނެވެ. ޕާކިންގ ސްޓިކާރގެ ވާހަކަ ދެއްކުމުގެ ކުރިން ސިޓީ ކައުންސިލުން އާއްމު ހިދުމަތަށް ހޯދާ ހުއްދަ ތަކަށް ނަގާ އަގުނެގުން ހުއްޓާލާފާ އެހެން ބައެއްގެ ވާހަކަ ދައްކަބަލާށެވެ.    

    ]]>
    Sun, 05 Mar 2023 13:53:28 +0500 ހީރަސް
    ބޯކޮށް ވާރޭވެހި މެލޭޝިޔާއިން މީހުން މަރުވަނީ https://heerasnews.com/1102 https://heerasnews.com/1102 ބޯކޮށް ވާރޭވެހި މެލޭޝިޔާގެ ބައެއް ސްޓޭޓްތައް ފެންބޮޑުވުމާ ގުޅިގެން ހަތަރު މީހުން މަރުވެއްޖެއެވެ. މެލޭޝިއާއަށް ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ މެލޭޝިޔާގެ ދެކުނުގައި އޮންނަ ޖޮހޯރް ސްޓޭޓަށެވެ.

    ފެންބޮޑުވުމާ ގުޅިގެން އެކަކު މަރުވެފައި ވަނީ އޭނާ ދަތުރުކުރަމުންދިޔަ ކާރު ކޯރަކަށް ދަމައިގަތުމުންނެވެ. އުމުރުން ދުވަސްވީ ދެމަފިރިއަކު ވެސް ވަނީ ގެނބިގެން މަރުވެފައެވެ. އެންމެ ފަހުން މަރުވެފައި ވަނީ 68 އަހަރުގެ އަންހެނެކެވެ.

    މެލޭޝިޔާގެ ސަރަޙައްދު ތަކަށް މިހާރުވެސް ދަނީ ހުއްޓުމެއްނެތި ވާރޭވެހެމުންނެވެ. އަނެއްކޮޅުން ފެންބޮޑުވުމާ ގުޅިގެން މިހާތަނަށް 41,000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ވާރޭވެހެމުން ދަތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ތަކަށް ވަނީ ހުރަސް އެޅިފައެވެ. ގެދޮރާއި އާންމުންގެ މުދަލަށް ވެސް ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެއްގަމު އުޅަނދު ފަހަރަށް ވަނީ ގެއްލުންތައް ލިބިފައެވެ.

    ފެންބޮޑުވުމުގެ އަސަރު މެލޭޝިޔާގެ ހަ ސްޓޭޓަކަށް ކޮށްފައިވާއިރު، އެންމެ ގިނަ އަދަދެއްގެ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިފައި ވަނީ ޖޮހޯރްގައެވެ. އެ މީހުން ބަދަލުކޮށްފައި ވަނީ ސްކޫލްތަކާއި އިޖުތިމާޢީ މަރުކަޒުތަކަށެވެ. ޖޮހޯރްގެ ކޯރުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުން ހާލުގައި ޖެހިފައިވާ ކަމަށާއި، ބައެއް ސަރަޙައްދުތަކުން ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު ހުސްވެފައިވާ ކަމުގައި ފުލުހުން ބުނެއެވެ.

    ހާލުގައި ޖެހިފައިވާ މީހުނަށް ކާބޯތަކެއްޗާއި އަންނައުނު ފޯރުކޮށްދޭން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ވައިގެ މަގުން އެހީގެ ސާމާނު ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވިއެވެ. 

    ފާއިތުވި 50 އަހަރުގެ ތެރޭގައި ޖޮހޯރަށް ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ އެއް ހާދިސާ ކަމުގައި މި ހާދިސާ ވާކަމަށް އެތާނގެ ނޭޗަރ ސޮސައިޓީގެ ރައީސް ވިންސެންޓް ޗައު ވިދާޅުވިއެވެ. ކުރިއަށް މޫސުން ލަފާކުރުމަކީ ދަތި ކަމަކަށް ވެފައިވާ ކަމަށާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވި ތޫފާނެއް ކަމަށް ބެލެވެއެވެ.

    މެލޭޝިޔާގެ ތާރީހުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާ ހިނގާފައި ވަނީ 2014 ވަނަ އަހަރުއެވެ. އެ ފަހަރު ފެންބޮޑުވުމާ ގުޅިގެން 118,000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހުނެވެ.

    ]]>
    Sat, 04 Mar 2023 17:23:52 +0500 ހީރަސް
    ރައީސާ ވާދަ ކުރެވޭވަރު ސިޔާސަތެއް އިދިކޮޅުގައިނެތް: ޝާހިދު https://heerasnews.com/1101 https://heerasnews.com/1101

    އޮނަރަބަލް އަބްދުﷲ ޝާހިދު ވިދާޅުވާ ގޮތުގައި ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މި އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެއެވެ. އެ މަނިކުފާނު ވިދާޅުވަނީ ރައީސް ސާލިހާ ވާދަ ކުރެވޭ ވަރުގެ ސިޔާސަތެއް އިދިކޮޅުގައި ނެތްކަމަށެވެ. އިންޑިއާގެ  ނޫސް އެޖެންސީއަކަށް ދެއްވި އިންޓަވިއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ވިދާޅުވީ ހަމަ ވަރަށް ބޮޑު ތެދުފުޅެކެވެ. 

    މި އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތުތަކާއި ދިވެހިންނަށް ކޮށްދެއްވި ކަންކަމުގެ ސަބަބުން އެ މަނިކުފާނަށް އޮތް ތާއީދު ވަރަށް ބޮޑުކަމަށް ޝަހިދު ދެކިވަޑައި ގަންނަވައެވެ. އެވާހަކަ ފުޅަށް ބާރުދެއްވަމުން އިންޓަވިއުގައި ޝާހިދު ވިދާޅުވި ގޮތުގައި މިދިޔަ ހަތަރު އަހަރު ޝަރުއީ ކޯޓުތަކަށް ދިވެހި ދައުލަތުގެ އިސްވެރިން ބާރެއް ނުފޯރުވައެވެ. ހަމަ އެހެންމެ މި ސަރުކާރުން ޑިމޮކްރެޓިކް ގަވަނަންސަކަށް ބޭނުންވާ ފުރިހަމަ ބިންގާ މިދިޔަ ދުވަސްތަކުގައި އަޅާފައި ކަމަށް ޝާހިދު ވިދާޅުވެއެވެ.

    އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން އިންތިހާބަށް އަސަރު ކޮށްފާނެތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި ޝާހިދު ވިދާޅުވީ އިންޑިއާ އައުޓް ސްލޯގަން ހަދައިގެން އުޅެނީ އިދިކޮޅުން ރައްޔިތުންނަށް ދައްކާނެ ވަރުގަދަ ސިޔާސަތެއް ނެތުމުން ކަމަށެވެ. އިދިކޮޅަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ ނަފްރަތު އުފެއްދުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

    ]]>
    Sat, 04 Mar 2023 14:03:04 +0500 ހީރަސް
    ރާއްޖެއަށް އޮތް އުފާވެރި މަގަކީ ރައީސް ސާލިހު: ރޮޒައިނާ https://heerasnews.com/1100 https://heerasnews.com/1100

    ރާއްޖެ އުފާވެރިކަމާއި ހަމައަށް ދާން އޮތް ހަމައެކަނި މަގަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަމަށް އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އެކަމަނާ އެހެން ވިދާޅުވީ ތ. ހިރިލަންދޫގައި ބޭއްވި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ. ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ރަށްތައް ތަރައްގީކުރުމަކީ ކުޑަ ރަށްރަށަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި ހިރިލަންދޫ އަކީ އެ ސިޔާސަތުގެ ފައިދާ ކުރި އެއް ރަށް ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

    ރައީސް ސާލިހަކީ ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ވިސްނުންތެރި ބޭފުޅެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެކަމަނާ ވިދަޅުވި ގޮތުގައި ކޮވިޑް 19 އަކީ ދުނިޔޭގެ ލީޑަރުންނަށް މިފަހުން ކުރިމަތިވި އެންމެ ބޮޑު އިމްތިހާނެވެ. އެ އިމްތިހާނުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާސްވެވަޑައިގެންނެވީ ދުނިޔެއިން އެއްވަނައިގައި ކަމަށް އައްޑޫ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ރޮޒައިނާ އާދަމް ވިދާޅުވިއެވެ.
    ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ލީޑަރުންގެ ތެރެއިން ރައީސް ސާލިހަށްވުރެ ވިސްނުންތެރިކަމާއެކު މަސައްކަތްކުރައްވާ، ހިކުމަތްތެރި ލީޑަރެއް ދިވެހިންނަށް ނުލިބޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ރައީސްއަކީ ރަނގަޅު ނަމޫނާއެއް ކަމަށާއި އެފަދަ ބޭފުޅެއް މަދުން ނޫނީ ނުފެންނާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ރައީސައަކީ މަޑުމައިތިރިކޮށް ހުންނެވިޔަސް ވަރަށް ހަރުދަނާ ރަނގަޅު ޝަހުސިއްޔަތެއްކަން ކޮވިޑުގެ ހާލަތުގައި ގައުމު މެނޭޖްކުރެއްވި ގޮތުން އެކަނިވެސް ސާފުވާކަމަށް ރޮޒޭ ވިދާޅުވިއެވެ.
    ]]>
    Sat, 04 Mar 2023 12:25:33 +0500 ހީރަސް
    އެސްޓީއޯ ވީކެންޑް ފިއެސްޓާ https://heerasnews.com/1099 https://heerasnews.com/1099

    އެސްޓީއޯ ވީކެންޑް ފިއެސްޓާއަކީ އެސް.ޓީ.އޯ ރަމަޒާން ބާޒާރާއި ގުޅުވައިގެން އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކުރިޔަށްގެންދާ ހާއްސަ ޕްރޮމޯޝަނެކެވެ. ވީކެންޑް ފިއެސްޓާ އޮންނާނީ ކޮންމެ ހަފްތާ ބަންދެއްގައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ.

    އެސްޓީއޯ ވީކެންޑް ފިއެސްޓާ ޕްރޮމޯޝަންގައި ވަރަށް ހާއްސަ ޑިސްކައުޓްތައް ލިބޭނެއެވެ. އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސްގައި ރެކްލީސް ކުރައްވައިގެން ވިޔަފާރި ކުރައްވާ ފަރާތްތަކުންވެސް މި ފިއެސްޓާގެ ތެރެއިން ޚާއްސަ ޑިސްކައުންޓްތައް ލިބިދޭނެއެވެ. 

    ޕްރޮމޯޝަންގެ މުއްދަތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕަލައަންސް ބައްލަވައިގަތުމަށް ހޭދަކުރައްވާ ކޮންމެ 1000 ރުފިޔާއަކާއެކު އިނާމެއް ލިބުމުގެ ފުރުސަތު އޮންނާނެއެވެ. އެސްޓީއޯއިން ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށްގެންދާ މި ފިއެސްޓާގައި ކޮންމެ ދުވަހެއްގެ ހަވީރު ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. ވީކެންޑް ފިއެސްޓާގައި ރޭގަނޑު ފްރީ ޓޭސްޓިންގ ކުރިޔަށް ގެންދިޔުމަށް އެސްޓީއޯއިން ވަނީ އިންތިޒާމްކޮށްފައެވެ.

    އެސްޓީއޯ ރަމަޒާން ބާޒާރު ބޮޑެތި އިނާމްތަކަކާއެކު ފެށީ ހުސްވި ޖެނުއަރީ މަހުއެވެ. 22 ޖަނަވަރީ އިން 29 އެޕްރީލްގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި، ރީޖަނަލް ފިހާރަތަކުގައި ރަމަޟާން ބާޒާރު ކުރިޔަށް ދާނެއެވެ. އެސްޓީއޯ މަކިޓާ ޝޯރޫމްގައި ރަމަޒާން ބާޒާރު އޮންނާނީ 1 ފެބްރުއަރީ އިން 29 އެޕްރީލްއަށެވެ.  ނިޕޯން ރަމަޒާން ބާޒާރުވެސް 1 ފެބްރުއަރީ އިން 29 އެޕްރީލްއަށް ކުރިޔަށް ދާނެއެވެ.

    ]]>
    Sat, 04 Mar 2023 11:56:11 +0500 ހީރަސް
    އިގްތިސާދު ފުޅާވަމުން އަންނަ ވަރަށް އިންސާނީ ވަސީލަތެއް ނެތް https://heerasnews.com/1098 https://heerasnews.com/1098 އިގްތިސާދު އަހަރުން އަހަރަށް ފުޅާވަމުން އަންނަ ވަރަށް ރާއްޖެއިން އިންސާނީ ވަސީލަތް ލިބެން ނެތުމުން ހުރިހާ އިންޑަސްޓްރީތައް ގުޅިގެން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން އުފައްދާ ވަޒީފާގެ ބާޒާރު ކުރިއެރުވުމަށް މަސައްކަތް ކުރުމަށް  އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ގޮވާލައްވައިފިއެވެ.

    އެކޮނޮމިކް މިނިސްޓަރ މިކަމަށް ގޮވާލެއްވީ މޯލްޑިވްސް ޓްރޭޑް ޔުނިއަންގެ "މަސައްކަތެރިންގެ ކޮންގްރެސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު އަހަރުން އަހަރަށް ފުޅާވަމުން އަންނަ ވަރަށް ރާއްޖެއިން އިންސާނީ ވަސީލަތް ނުލިބުމަކީ ވިސްނަންޖެހިފައިވާ ކަމެއްކަމަށެވެ. އެކޮނޮމިކް މިނިސްޓްރީން ހިންގަމުން އައި ޖޮބް ސެންޓަރު ވަކި އޮފީހެއްގެ ގޮތަށް ބަދަލުކޮށް ހިންގަން ފެށި ފެށުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްްޓަރ ވިދާޅުވިއެވެ.

    ފަތުރުވެރިކަމުގެ ސިނާއަތުގައި ދިވެހިން މަދުވުމުގެ ކަންބޮޑުވުން ވެސް އިގްތިސާދީ ވަޒީރު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރު ކުރިއެރުވުމަށް، ހުރިހާ އިންޑަސްޓްރީތައް ގުޅިގެން މަސައްކަތް ކުރަންޖެހެނީ އެހެންވެގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

    މި ސަރުކާރުން ވަޒިފާއާއި ގުޅުންހުރި ކަންކަމުގައި ކުރު މުއްދަތެއްގެ ތެރޭގައި މުހިންމު ބަދަލުތަކެއް ހޯދައިދެވިފައިވާކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެެވެ. މި ސަރުކާރުގެ އެންމެ ފުރަތަމަ ކެބިނެޓް ބައްދަލުވުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑަށް ބާރުއެޅުއްވި އެއްކަމަކީ މަސައްކަތްތެރިންނާއި ރާއްޖޭގެ ވަޒީފާގެ ބާޒާރާއި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުންކަމަށް ވަޒީރު ވިދާޅުވިއެވެ. 

    ]]>
    Sat, 04 Mar 2023 11:11:58 +0500 ހީރަސް
    މަތީ ތައުލީމުދޭ މުއައްޒަފުންގެ ހާސްކަން ފިލުވާދީފި! https://heerasnews.com/1097 https://heerasnews.com/1097 މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާ މުވައްޒަފުންގެ މުސާރަ މިހިނގާ މާރޗް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެވަނީ ބޮޑުކޮށް ދެއްވާފައެވެ. މި އަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް  ސަރުކާރުން އެވަނީ ފާހަގަ ކޮށްލެވޭ ވަރުގެ ހެޔޮ ބަދަލެއް ގެނެސްދީފައެވެ. 

    ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިިކް ޔުނިވާސިޓީގެ އިތުރުން ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮ ނަތީޖާއެވެ. ރަނގަޅު ޒިންމާދާރު މީހުން އުފެއްދުމަށްޓަކައި ފުރަތަަމަ އެޅޭ ބިންގަލަކީ މީހުން ބިނާކުރާ މީހުނަށް އެކަމަށް އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރެވޭނެ ގޮތް ހަދާދިނުމެވެ. ދެކޮޅު ނުޖެހުމާއި ހާސްކަން ނެތް ބަޔަކަށް އެމީހުން ހެދުމެވެ. ސްކޫލް ދާއިރާ އާއި މަތީ ތައުލިމީ ދާއިރާގެ މުވައްޒަފުންނަށް މުސާރައަށް ހެޔޮ ބަދަލު ގެންނަން ނިންމީ އެހެންވެގެންނެވެ.

    ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިިކް ޔުނިވާސިޓީގެ އިތުރުން، ޕޮލިޓެކްނިކްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެން މުސާރަ ލިބެނީ ރައީސް ސާލިހު ގެނެސްދެއްވި ހެޔޮ ބަދަލުތަކާއި އެކުގައެވެ. 

    ގެނެވުނު ހެޔޮ ބަދަލު 767 މުވައްޒަފަކަށް އަންނާނެއެވެ. މިކަމަށްޓަކާ އަހަރެއްގެ މައްޗަށް ދައުލަތުގެ ބަޖެޓުން 62 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. މުސާރައިގެ ކުރިއެރުން ހަމަޖެހިގެން ގޮސްފައިމިވަނީ އޯވަރޓައިމް ނުލައެވެ. 

    ޔުނިވަރސިޓީ ލިބެމުން އައި މުސާރަ މުސާރައަށް އައި ހެޔޮބަދަލު
    ސީނިއަރ ލެކްޗަރަރ 20830.00ރ 34000.00ރ
    ލެކްޗަރަރ 18880.00ރ 29900.00ރ
    އެސިސްޓެންޓް ޕްރޮފެސަރ 23500.00ރ  39000.00ރ
    އެސޯސިއޭޓް ޕްރޮފެސަރ 26000.00ރ 45000.00ރ
    ޑީން 30000.00ރ 38000.00ރ
    ރަޖިސްޓަރަރ 32000.00ރ 42000.00ރ
    ޑެޕިޔުޓީ ވައިސް ޗާންސެލަރ 39000.00ރ 48000.00ރ
    ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮފެޝަނަލްސް
    އެސޯސިއޭޓް ލެކްޗަރަރ 14700.00ރ 26000.00ރ
    ލެކްޗަރަރ 17000.00ރ 29000.00ރ
    ސީނިއަރ ލެކްޗަރަރ 17000.00ރ 34000.00ރ

    ]]>
    Fri, 03 Mar 2023 11:53:30 +0500 ހީރަސް
    ފެނަކައިން ތ. އަތޮޅުގައި ބިނާކުރާ 10އޮފީހުން ފުރަތަމަ އޮފީސް https://heerasnews.com/1096 https://heerasnews.com/1096 ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި ފެނަކަ އޮފީސް އިމާރާތް ރަސްމީގޮތުން ހުޅުވައިފިއެވެ. އިމާރާތް ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

    ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، ކޮޅުމަޑުލު ހިރިލަންދުއަށް ކުރެއްވެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހެނދުނު ހިރިލަންދޫ ފެނަކަ އިންޖީނުގެ ސަރަހައްދުގައެވެ. 

    ރައީސް ހުޅުވާދެއްވި މި އިންޖީނުގޭގެ އޮފީސް އިމާރާތުގެ ސަބަބުން މުވައްޒަފުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ރައްޔިތުންނަށް ދެވޭ ހިދުމަތްތައް ފުރިހަމަ ވެގެންދާނެއެވެ. ހިރިލަންދޫގައި އަލަށް ހުޅުވުނު ފެނަކަ އޮފީސް އިމާރާތުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައި ވަނީ ހިރިލަންދޫ ރައްޔިތުންނެވެ. އެކަން ރައީސް ސާލިހު ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.

    ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ކަރަންޓްގެ ހާލަތުގެ މައްޗަށް ބައްލަވާލައްވައި ރައީސް ސާލިހު ވަހަކަފުޅު ދެއްކެވިއެވެ. މީގެ ކުރިން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހާލަތު އޮތީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަން ފާހަގަ ކުރައްވަމުން މިސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށް ވިދާޅުވިއެވެ. އެގޮތުން ހިރިލަންދޫގެ ކަރަންޓްގެ ހާލަތުވެސް ބޮޑުތަނުން ރަނގަޅު ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

    ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތް ކުރި އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ވަނީ އެ އިމާރާތް ބައްލަވާ ލައްވާފައެވެ. ހިރިލަންދޫގައި ބިނާކުރި ފެނަކަ އޮފީސް އިމާރާތަކީ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ. ތ. އަތޮޅުގައި ފެނަކައިން އިމާރާތް ކުރަމުން ދިޔަ 10 އޮފީސް އިމާރާތުގެ ތެރެއިން މަސައްކަތް ނިންމައި ރަސްމީކޮށް ހުޅުވުނު ފުރަތަމަ އޮފީސް އިމާރާތަކީ ހިރިލަންދޫގައި ރައީސް ސާލިހު ހުޅުވާދެއްވި އިމާރާތެވެ. 

    ]]>
    Fri, 03 Mar 2023 10:25:15 +0500 ހީރަސް
    އެމްޕީއެލް: ސަލާމަތާ ރައްކާތެރިކަން ކަށަވަރު https://heerasnews.com/1095 https://heerasnews.com/1095 ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ހަރުދަނާ އުސޫލެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ގާއިމުކޮށްފިއެވެ. ގާއިމު ކުރެވުނު ރައްކާތެރިކަން ކަށަވަރުކޮށްދޭ ނިޒާމުގެ ދަށުން އެމްޕީއެލްގެ މަސައްކަތު ސަރަހައްދަކީ ރައްކާތެރި މަސައްކަތު ވެއްޓެއްކަން ކަށަވަރުކޮށް ދެއެވެ. 

    ޕޯޓްގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން ތަމްރީނު ލިބިފައި ތިބި ބަޔަކު ގަވައިދުން މޮނިޓަރކޮށް އިންސްޕެކްޓް ކުރެވޭ ގޮތައް ތަރުތީބު ވެފައިވާ ނިޒާމަކުން ފާރަވެރިވެވޭ އެމްޕީއެލް ސަރަހައްދަކީ މަސައްކަތުގެ ވަގުތުގައި ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށް ދެއެވެ. ސަލާމަތާ ރައްކާތެރި ކަމާގުޅޭ ޝަކުވާތައް ހުސްވެގެންވާ ވިޔަފާރި ބަދަރަކަށް އެމްޕީއެލް ސަރަހައްދު ވެގެން ދެއެވެ. ސަލާމަތީ މިންގަނޑު ތަކަށް ބަރާބަރަށް ފެތިފައިވާ ހަރަކާތްތެރި ބަނދަރަކަށް އެމްޕީއެލް ސަރަހައްދުވެގެން ހިނގައްޖެކަން އެންމެނަށް ކަށަވަރު ކޮށްދެވެއެވެ. 

    ]]>
    Thu, 02 Mar 2023 16:05:30 +0500 ހީރަސް
    ޖަމީލު ފެނުމުން ރައްޔިތުން އައޫޒު ކިޔާ ދުރަށް! https://heerasnews.com/1094 https://heerasnews.com/1094 ތަޢުވީޒް ކުރުމަކީ ޝައިތާނާގެ ކިބައިން ރައްކާތެރިވުމަށް މުސްލިމުން ކުރާ ކަމެކެވެ. މީސްތަކުންގެ ހިތްތަކަށް ވަސްވާސް ލައިދީގެން ނުބައިކަންކަން ކުރުވަނީ ހަމައެކަނި ޝައިތާނުންގެ ތެރޭގައިވާ ޖިންނީން އެކަންޏެއް ނޫނެވެ. ކީރިތި ޤުރްއާންގެ "އައްނާސް" ސޫރަތުގެ ފަހު އާޔަތުގައިވާ ގޮތުން ވަސްވާސް ދިނުމުގައި ޖިންނީން ފަދައިން އުޅޭ އިންސީން ވެސް އުޅޭކަން އެނގެއެވެ. އިންސީންނަކީ އިންސާނުންނެވެ. އޭގެ ތެރޭގައި ދިވެހިންވެސް ހިމެނެއެވެ. ވަކިރަށަކަށް ނިސްބަތްވީތީ އިސްތިސްނާއެއް ނުވެއެވެ. ދިވެހިންގެ ތެރޭގައި އެކިކަހަލަ ނުބައި ފިތުނަ ފަސާދަ ހަދާ ނުބައިކަންކަމަށް ވަސްވާސްދީ ދިހަބާރަ އަނގައިން ވާހަކަ ދައްކާ، އެކިއިރު އެކިގޮތައް ހަފުއްކެހެރި މުނާފިގުކަމުގައި އަވަދިނެތި އުޅޭ މީހުން އެންމެ ރަނގަޅަށް އެނގޭނީ ދިވެހިންނަށެވެ. 

    ހެޔޮ އެއްގޮތް ނެތިގެން އެކިއިރު އެކިއެތި ކިޔަމުން ރަށުތެރޭގައި އަނގަފަތުރަމުން ދުވާ އެކަކީ ޔާމީން ވެރިކަމުގައި ނައިބު ރައީސް ކަމުން ބޭރުކުރި ފަހުން  "ފޮތިކަހާލާފައިވާ" އެންމެން ދަންނަ ބޮނޑިބަތް ޖަމީލެވެ. ވެރިކަމުގެ ބޫތުހިފާ ބޮޑީ ގާޑުން ލައްވާ ބޫޓް ޕޮލިޝް ކުރުވި ޖަމީލެވެ. ސަރުކާރަކުން ކުރާ އެއްވެސް ރަނގަޅުކަމެއް ލޮލަށް ނުފެންނަ ލޯޔަރެވެ.

    މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީޞޯލިޙާ އެންމެ ފުރަތަމަ ބައިއަތު ހިފީ އަދާލަތު ޕާޓީއެވެ. ކަންކަމުގައި އަބަދުވެސް ރުޅިގަދަވެ މުރަނަވެ ދެލޯ މަދޮއްޓަކަށް ހަދައިގެން ޑިންޑިން ކޮވެއްޔެއްހެން ހުންނާތީ އެންގްރީ ބާޑްގެ ނަމުން ވެސް ބަޔަކު ނަންކިޔާ ޖަމީލުގެ ރުޅިގަނޑު އަދާލަތާ މެދު ފަޅަފަޅައިގެން ދިޔައީ އަމަށަކު ވަރަކަށް ނޫނެވެ. 

    މިސްކިތް ތަކަކީ ހުރިހާ ފިތުނައާ ހަސަދައިން އެއްކިބާވާން ޖެހޭ ދުނިޔެމަތީގައިވާ އެންމެ ހުރުމަތްތެރި ހިޔާވަހިކަން ވެސް ޖަމީލަކުގެ ހަނދާނަކު ނެތެވެ. ޢަދާލަތު ޕާޓީއަށް ނިސްބަތްވާ އިމާމުން މިސްކިތަށް އެރުމުން މުސްލިމުން ކުރަންޖެހޭ ކަމަކީ މިސްކިތުން ފޭބުންކަން ޖަމީލު އިސްތިހާރުކޮށް ވަސްވާސް ދޭން  ފަށައިފިއެވެ. އިބިލީހަށްވުރެ ޖަމީލުގެ އިބިލީސްކަން ބޮޑިތާއެވެ

    ތިމާގެ ހަސަދަވެރިކަމާ ރުޅިވެރިކަން މިސްކިތު ހަރިންމައަށް ލައިގެން މިސްކިތްތައް ފަޅުކުރުން އެއީ މޮޅުކަމެއް ކަމުގައި ވަސްވާސްދޭ މީހުންނާ މުސްލިމުން ދުރަށްދާން ޖެހެއެވެ. 

    އަޢޫޒު ބިސްމިއާ ކުރުސި ކިޔަވާ އިޚްލާޞް ފަލަޤި ނާސި 3 ސޫރަތް ކިޔަވައި ފުމެ މަތުރައިގެން ނަމަވެސް އެފަދަ ވާސްވާސްދޭ މީހުންނާ ދުރުވާން ޖެހެއެވެ.

    ]]>
    Thu, 02 Mar 2023 15:06:09 +0500 ހީރަސް
    ބަޅުރުއް ބަޅީ ބަޅުވީމަ! https://heerasnews.com/1093 https://heerasnews.com/1093

    ބަޔަކު ދުނިޔެ ރަންވެގެން އުޅުނަސް އެންމެނަކު އުޅެނީ ދުނިޔެ ރަންވެގެނެއް ނޫނެވެ. ސިޔާސީ ގޮތުން މަޝްހޫރުކަން ހޯދަން ބައެއް މީހުންކުރާ ބައެއްކަންކަމުން އެބައެއްގެ ގަމާރުކަންނޫން ކަމެއް ހާމައެއް ނުވެއެވެ. ތިމާމެންގެ ތަންދޮރު ނުދަންނަކަން ނޫން ކަމެއް ފާޅެއް ނުވެއެވެ.

    ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ ޅ. ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުހައްމަދު ސާލިހު ނޫން މީހެއް ނޫނެވެ. އެކަމަށް ޝައްކު އުފައްދާނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތެވެ. ގާނޫނު އަސާސީ ބަޔާންކުރާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތައް ވަގުތީ ގޮތުން މީހަކާ ހަވާލު ކުރުމަކީ މަގާމުން ދާއިމީ ވަކިވުމަކުން ވަކިވީ ކަމަށް ވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. މަގާމުގެ ވާޖިބުތަކާއި ޒިންމާތަކާ އަނބުރާ ހަވާލު ނުވެވޭނެ އެއްވެސް ހަމައެއް ވެސް ނޯންނާނެއެވެ.

    ރައީސް ސާލިހު އެހުންނެވީ 17 ނޮވެންބަރ 2018 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރިފުޅުމަތީގައި އުއްތަމަފަނޑިޔާރު ލައިދެއްވި ގާނޫނީ ހުވާކުރައްވައިގެންނެވެ. އެ ހުވާގެ މުއްދަތު ހަމަވާނީ  2023 ގެ ނޮވެންބަރ މަހުގެ 11 އަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ދައުރުގެ ތެރޭގައި ރައީސް ކަމުގެ މަގާމު ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ބުނެފައި އެބައޮތެވެ. މަރުވުމާއި އިސްތިއުފާ ދިނުމާއި އަޒުލް (އިންޕީޗް) ކުރުމެވެ.

    ރައީސް ސާލިހު އަދި މަރެއްނުވެއެވެ. މަގާމުން އިސްތިއުފާއެއް ވެސް ނުދެއްވައެވެ. އެއްވެސް ސަބަބަކާހުރެ އަދި އަޒަލެއް ވެސް ނުކުރެއެވެ. އެހެން ކަމުން ރައީސް ސާލިހު 5 އަހަރުގެ ދައުރު ނިމެންދެން  މަގާމުގައި ދެމިހުންނެވުމުގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލެއް ނުއުފެދެއެވެ. އުފައްދާނެ ޖާގައެއްވެސް ނެތެވެ.

    ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވާ ހާލަތުގައި ކަންކުރާނެ ގޮތް ގާނޫނު އަސާސީގެ 123 ވަނަ މާއްދާގައި އެއޮތީއެވެ. އެފަދަ ހާލަތެއް 25 ފެބްރުއަރީ 2022ގައި ރައީސް ސާލިހަށް ކުރިމަތިވެ ވަޑައިގަތުމުން ކަންކުރެއްވީ އެ މާއްދާގައި ބުނާ ގޮތަށެވެ. ކުރިމަތިވެ ވަޑައިގެން ހާލަތުން އަރައިގަތުމުން އަނބުރާ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަތީ ވެސް އެމާއްދާ ބުނާ ގޮތަށެވެ.

    ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ (ހ) ބުނަނީ :-

    " ރައީސުލްޖުމްހޫރިއްޔާއަށް އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީގޮތުން ޢުޛުރުވެރި ވެއްޖެކަމަށް ޤަބޫލު ކުރެވިއްޖެނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙަވާލުކުރާންވާނެއެވެ. އަދި ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަލުން ޙަވާލުވާންވާނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައެވެ."   

    ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އޭނާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ވަގުތީ ގޮތުން އުޒުރުވެރި ވެއްޖެ ކަމަށް ގަބޫލު ކުރެއްވުނު ހިނދު ސަބަބު ބަޔާން ކުރައްވާ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހަވާލު ކުރެއްވިއެވެ. އެހާލަތުން އަރައިގަނެވުމުން ރައީސް ސާލިހު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އަލުން ހަވާލުވެ ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގެވުމަށް ފަހުގައެވެ.

    ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރައީސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިގަތީވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް ގޮތަށެވެ. ވަގުތީގޮތުން ރައީސްގެ ޒިންމަތަކާއި ވާޖިބުތަކާ ހަވާލުވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވީ ވެސް ގާނޫނު އަސާސީގެ 126 ވަނަ މާއްދާ ބުނާގޮތަށެވެ. ގާނޫނު އަސާސީގެ 126 ބުނަނީ "ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެމަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން އަދާކުރާ ކޮންމެ މީހަކުމެ، މަޤާމާ ޙަވާލުވުމުގެކުރީން އުއްތަމަފަނޑިޔާރުގެ ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރި މަތީގައި މި ޤާނޫނުއަސާސީ ގެޖަދުވަލު 1ގައި ވާ އެމީހެއްގެ މަޤާމުގެ ހުވައި ކޮށް އެ ހުވައި ގެ އިޤްރާރުގައި ސޮއި ކުރާންވާނެއެވެ."

    ރައީސް ސާލިހަށް ކުރިމަތިވެ ވަޑައިގެން ވަގުތީ ހާލަތާއި ގުޅިގެން ނައިބު ފައިސަލް ނަސީމް، ރައީސް ކަމުގެ މަގާމާ ވަގުތީގޮތުން ހަވާލުވެ ވަޑައިގަތީވެސް ގާނޫނާއި އެއްގޮތަށެވެ. ވަގުތީ ގޮތުން ރައީސް ކަމުގެ ގާނޫނީ ހުވާ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލިސްގެ ރައީސް ކުރިފުޅުމަތީގައި ކުރައްވައިގެނެވެ. ވަގުތީގޮތުން ހަވާލުވެ ވަޑައިގެން މަގާމްގެ ހުވާ ކުރެއްވީ ވެސް ގާނޫނާއި އެއްގޮތަށެވެ.

    ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވެގެން ނައިބު ރައީސް، ރައީސްކަމާ ހަވާލުވުމާ ވަގުތީ ގޮތުން ރައީސްގެ ވާޖިބުތަކާ ޒިންމާތަކާ ނައިބު ހަވާލުވުމަކީ މުޅިން ތަފާތު ދެކަމެވެ. ރައީސްކަމުގައި ހުރި މީހެއްގެ މަގާމުގެ ގާނޫނީ ސައްހަކަމާ މެދު ކުޑަވެސް ޝައްކުކަމެއް އޮތްނަމަ ރައްޔިތުންގެ މަޖިލީހާއި ސްޕްރީމްކޯޓު ހިމޭނަކުން ނުއޮންނާނެއެވެ. ސްމޯޓޯކޮށް ވިޔަސް އެ މަގާމުގެ ސައްހަކަމާމެދު ސްޕްރީމް ކޯޓުން ގޮތް ނިންމާނެތާ ކިތަންމެ ދުވަހެކެވެ.

    ބަޅުރުކު ކުދިންނަށް ޔާމީނު ނޫނީ ލެޖިޓިމޭޓް ރައީސަކު ނުހުންނާނެއެވެ. ޔާމީނާ ދެކޮޅަށް ކޯޓަކުން ކުރާ ހުކުން ވެސް ހަރާންވާނެއެވެ. ހަމަތެދެކެވެ. ބަޅުރުއް ބަޅީ ބަޅުވީމައެވެ.

    ]]>
    Thu, 02 Mar 2023 13:21:15 +0500 ހީރަސް
    ޕޮލިޓެކްނިކަށް އެކަނި ކުރިއަކަށް ނުދެވޭނެ: ހާޝިމް https://heerasnews.com/1092 https://heerasnews.com/1092 ވަޒީފާ ދޭ ފަރާތްތަކާ ނުލައި ޕޮލިޓެކްނިކް އެކަނި ކުރިއަށް ނުދެވޭނެ ކަމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް ވިދާޅުވެއްޖެއެވެ. ޕޮލިޓިކްނެކް އިތުރަށް ކުރިއެރުވޭނީ ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ލިބިގެން ކަމަށް ވެސް ހާޝިމް ވިދާޅުވިއެވެ.

    ސްޓެލްކޯގައި މި ވަގުތު ކޮލިފިކޭޝަނެއް ނެތި ފަންނީ ވަޒީފާތަކުގައި ތިބ މީހުންނަށް އިލެކްޓްރިކަލް އިންސްޓޮލޭޝަން ދާއިރާއިންނާއި އަދިވެސް ތަމްރީނަށް ބޭނުންވާ ކޮންމެ ދާއިރާއަކުން ޕޮލިޓެކްނިކުން ފުރުސަތު ދޭނެކަމަށް ހާޝިމް ވިދާޅުވި އެވެ.

    ޕޮލިޓެކްނިކްގެ ސީއީއޯ މުހައްމަދު ހާޝިމް މި މޭރުމުން ވާހަކަ ދެއްކެވީ ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން މަސައްކަތުގެ ދާއިރާއަށް މީހުން ތަމްރީންކުރަން ނިންމައި އެކަމަށް އެއްބަސްވި އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައެވެ. 

    އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ މުހައްމަދު ހާޝިމެވެ. އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެދުނު ސްޓެލްކޯގައެވެ. 

    ވެވުނު އެއްބަސްވުމަކީ ސްޓެލްކޯގައި ހިންގާ އެކި އެކި ފަންނީ ދާއިރާތަކާއި މަސައްކަތްތެރިކަމުގެ ދާއިރާތަކަަށް މީހުން ތަމްރީން ކުރުމަށާއި ޕޮލިޓެކްނިކްގެ އެކި އެކި ކޯސްތަކުގެ އަމަލީ ތަޖުރިބާ ސްޓެލްކޯގެ މުއައްޒަފުންނަށް ހޯދައިދިނުމުގެ މަގްސަދުގައި އެއްބަސްވި އެއްބަސްވުމެކެވެ.

    ސިއީއޯ ހާޝިމް ވިދާޅުވާ ގޮތުން ރާއްޖޭގެ އެކި ސަރަހައްދު ތަކުން އެންމެ ގިނައިން ރިކުއެސްޓްތައް ލިބެނީ އިލެކްޓްރިކަލް އިންސްޓޮލޭޝަންގެ ދާއިރާއިންނެވެ.  އެހެންކަމުން ވަސީލަތްތައް ހުރި މިންވަރަކުން އެފަދަ ރިކުއެސްޓްތަކަށް އިސްކަން ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

    ޕޮލިޓެކްނިކުން ސްޓެލްކޯ އާއި މަޝްވަރާކޮށްގެން ތަމްރީނު ބޭނުންވަނީ ކޮންކޮން ދާއިރާ ތަކަކުންކަން ދެނެގަންނާނެއެވެ. ސްޓެލްކޯއިން ބޭނުންވާ ރޮގުތަކުން ދާއިރާތަކުން ތަމްރީނުތައް ކުރިއަރުވާ ހިންގާދޭން ޕޮލިޓެކްނިކް ތައްޔާރެވެ. މޯލްޑިވްސް ޕޮލިޓެކްނިކަަށް ބޭނުންވަނީ ފުރިހަމަ ސަޕޯޓެވެ.

    ]]>
    Wed, 01 Mar 2023 15:50:30 +0500 ހީރަސް
    ސްޓެލްކޯގެ ކޮންމެ ސްޓޭޝަނެއްގައި ޓެކްނިކަލް ހެޑެއް https://heerasnews.com/1091 https://heerasnews.com/1091 މީގެ ކުރިން ސްޓެލްކޯގައި ނެތް މަގާމެއް ކަމުގައިވާ "ޓެކްނިކަލް ހެޑް" އެއް ކޮންމެ ސްޓޭޝަނެއްގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް ވިދާޅުވި ގޮތުގައި އޭނާއަކީ ކޮންމެ ސްޓޭޝަނެއްގައި ހުންނަ ޓެކްނިކަލީ ސެޓިފައިޑް ޓެކްނިކަލް ސްޕަވައިޒަރެކެވެ.

    އަނެއްކޮޅުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި މަސައްކަތް ކުރާ ހުރިހާ ސްޓޭޝަން މެނޭޖަރުންނަކީ ވެސް ސެޓިފައިޑް ސްޓޭޝަން މެނޭޖަރުންނަށް މި އަހަރުތެރޭގައި ހެދުމަށް ސްޓެލްކޯއިން ވަނީ ކަނޑައަޅާފައެވެ. 

    ސްޓެލްކޯއާއި ޕޮލިޓެކްނިކް ގުޅިގެން މީހުން ތަމްރީން ކުރުމަށް އެއްބަސްވެ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި މިވެވުނު އެއްބަސް ވުމުގެ ދަށުން ސްޓެލްކޯގައި މަސައްކަތްކުރާ ހުރިހާ ޓެކްނީޝަނުންނަކީ ސެޓިފައިޑް ބަޔަކަށް ވެގެން ދާނެއެވެ. ސްޓެލްކޯގައި 729 އެއްހާ ޓެކްނީޝަނުން މަސައްކަތް ކުރަމުން ގެންދެއެވެ.

    މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ ޓާގެޓަކީ ބޭސިކް ސެޓްފިކެޓެއް ލިބިފައިނުވާ ހުރިހާ ޓެކްނީޝަނުން މިއަހަރު ނިމުމުގެ ކުރީން ފުރިހަމަ ސެޓިފައިޑް ޓެކްނީޝަނުންނަށް ހެދުމެވެ. ޓާގެޓަށް ވާސިލު ވެވޭނެ ކަމަށާއި މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ހިންގާ ތަމްރީން ކޯސްތަކުން މުވައްޒަފުންނަކީ އިލެކްޓްރިކަލީ ސެޓިފައިޑް ބަޔަކަށް ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވެއެވެ.

    ސްޓެލްކޯއާއި ޕޮލިޓެކްނިކް ގުޅިގެން މީހުން ތަމްރީން ކުރުމަށް ވީ އެއްބަސްމުގެ ދަށުން ތަމްރީނު ކުރާ މުއައްޒަފުންނަށް ރާއްޖޭގެ އެމްކިއުއޭ ގަބޫލުކުރާ ސެޓްފިކެޓެއް ލިބިގެންދާނެއެވެ. އެއީ ސެޓްފިކެޓް ލެވަލް ތިނެއްގެ ސެޓްފިކެޓެކެވެ.

    ]]>
    Wed, 01 Mar 2023 15:09:02 +0500 ހީރަސް
    ސްޓެލްކޯއިން މާޅޮހުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުން https://heerasnews.com/1090 https://heerasnews.com/1090 ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަތީ ފެންވަރެއްގައި ހިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި  ސްޓެލްކޯއިން ގިނަގުނަ މަސައްކަތްތައް ކުރެއެވެ. 

    ރައީސް ސާލިހުގެ ހަމަހަމަ ސިޔާސަތުގެ ތެރޭގައި ކަރަންޓްގެ ހިދުމަތް އެ ރަށަކަށް ބޭނުންވާ ވަރަކަށް އެ ރަށަކުން ލިބޭނޭ ގޮތް ހަމަޖެހިފައި އޮތުން ހިމެނެއެވެ. އިތުބާރު ހުރި ދެމެހެއްޓެނިވި ލުއި ހިދުމަތެއްގެ ގޮތުގައެވެ. އެ ސިޔާސަތު މާލެސިޓީއާއި މާލެއަތޮޅާއި ފެލިދެއަތޮޅާއި އަރިއަތޮޅުގައި ތަންފީޒުކޮށް ދެނީ ސްޓެލްކޯއިންނެވެ. މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމްގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ.

    އެގޮތުން އއ. މާޅޮހުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ދަނި ކުރެވެމުންނެވެ. މިހާރު 300kW ގެ އައު ޖަނަރޭޓަރ ސެޓެއް އެރަށަށް ވަނީ ފޮނުވާފައެވެ. ފޮނުވި ޖަނަރޭޓަރސެޓް ކޮމިޝަންކޮށް ބޭނުން ކުރަން ވެސް ފަށަފިއިެވެ. މި ބަދަލާއެކު، އއ. މާޅޮހުގެ ކަރަންޓް ކެޕޭސިޓީ 679kW އިން 816kW އަށް އިތުރު ކުރެވިގެން ދިޔައީއެވެ. 

    ]]>
    Tue, 28 Feb 2023 20:10:07 +0500 ހީރަސް
    ވެލާނާ ޕާކިންގ އިހުތިޖާޖު: ފަސާދައެއް https://heerasnews.com/1089 https://heerasnews.com/1089 ވެލާނާގެ ހުންނަ އަމީރު އަހުމަދު މަގުގައި ޕާކް ކުރުން މަނަލަސް ގިނަ ސައިކަލް ތަކަށް ޕާކް ކުރެވޭނެ ގޮތަށް ކުރީގެ ހުރަވީ ބިލްޑިންގ ހުރި ތަނުގައި ވަނީ ބޮޑު ޕާކިން ޒޯނެއް ހަދާދީފައެވެ. އެކަމަކު ސަރަހައްދަކީ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ ސަރަހައްދަކަށް ވާތީ ޕާކް ކުރުމަށް ޖާގަ ނުލިބުމުގެ ޝަކުވާ ބޮޑެވެ. ވެލާނާގެއާއި، ދަރުމަވަންތަ ސްކޫލާ އިންވެގެން ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ބިމުގައި ވެސް ވަރަށް ގިނަ އުޅަނދު ޕާކް ކުރެއެވެ.

    މިވަގުތު އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށް ވަގުތީ ގޮތުން މެކޭނިކަލް ޕާކިން ސިސްޓަމް ހުރި ޕާކިން އޭރިއާ ފެންސު ޖަހައި ބަންދު ކުރުމަކީ ޕާކިންގއަށް ޖާގަ ކުޑަވެގެން ދާނެކަމެއް ކަން ކުޑަ ކުއްޖާ ވެސް ގަބޫލު ކުރާނެއެވެ. އެހެނެކޭ ކިޔާފާ ވެލާނާގޭގައި ވަޒީފާ އަދަކުރާ މަދު މުއައްޒަފުން ކޮޅެއްގެ ފަޔަށް ހިނި އަރައިގެން އުޅެން ޖެހޭ ހެއްޔެވެ. އެވަރުގެ ހޭބުއްދި ނުވާ ބަޔަކަށް އެމީހުން ވަނީ ހެއްޔެވެ. އޮފީސްތަކުގައި ރައްޔިތުންނަށް އެމީހުން ހިދުމަތްތދެނީ އެންމެ ރަނގަޅަށް ހެއްޔެވެ. އެމިހުންގެ ފަރަތުން ދޭ ހިދުމަތުގައި ކޫރުމެއް ބޫރުމެއްވެސް ނެތީހެއްޔެވެ. ހަމަބުއްދި އިސްނުކުރާ ޒިންމާދަރު ކަމެއް ނެތް ބަޔަކު ނިކުމެ ޕާކް ކުރާނެ ތަނެއް ނެތް ކަމަށް ބުނެ އިހުތިޖާޖު ކުރީތީ އަންނަނީ ހިންޏެވެ.

    ޒިންމާދާރު މުއައްޒަފުންނަމަ ވަގުތު އޮއްވާ އޮފިހަށް އައިސް ތަން އޮތްތާ ގޮނޑި އަޅާނެއެވެ. ޖާގަ ލިބޭ ހިސާބެއްގައި ޕާކް ކޮށްލާފައި ހިނގާލާފައި ދިޔުމަކީ ވެސް އެފަދަ މުއައްޒަފުންނަކަށް މައްސަލައަކަށް ނުވާނެއެވެ. ޕާކިން ޖާގަ އިތުރު ކުރުމަށް ވަގުތީ ގޮތުން ދިމާވާ ދަތިތަކަށް ކެތް ނުކުރެވިގެން ކޮށިއަރައިގެން އުޅޭނީ އެހެން މަގުސަދެއް ހާސިލް ކުރުމަށެވެ.

    ވެލާނާގޭ ކައިރީގައި އޮތް ޕާކިން ޒޯން ބަންދުކުރީ އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގުމަށް ކަން ނޭގޭ މުއައްޒަފަކު ވެލާނާގޭގައި ވަޒީފާ އަދާކޮށެއް ނޫޅޭނެއެވެ. އެ ސަރަހައްދުގައި ހުރި މެކޭނިކަލް ޕާކިން ސިސްޓަމް ނެގޭނީ ކްރެއިން އެ ސަރަހައްދަށް ވައްދައިގެންނެވެ. އެހެންކަމުން އެ ސަރަހައްދު ބަންދުކުރަން ޖެހުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މަޖުބޫރު ވެގެންނެވެ.

    ކުރީގެ ސަރުކާރުން ގާއިމް ކުރި އެ މެކޭނިކަލް ޕާކިން ސިސްޓަމަކީ ބޭނުމެއް ކުރެވޭ އެއްޗެއް ނޫންކަމުން އެނަގާ އެތަން ވެސް ޕާކިންގއަށް ބޮޑުކުރުމަށް ކުރެވޭ މަސައްކަތް އެނގިތިބެ އެއްބާރުލުން ދިނުމުގެ ބަދަލުގައި ކުރަން އެނގެނީ އިހުތިޖާޖެވެ. އެ ސިސްޓަމް ނެގުމަށް ފަހު، ވީހާވެސް އަވަހަށް ޕާކިންއަށް އެތަން ހުޅުވާލާނެ ކަންވެސް އިހުތިޖާޖުކުރި މުއައްޒަފުންނަށް ރަނގަޅަށް އެނގެއެވެ.

    ]]>
    Tue, 28 Feb 2023 19:35:30 +0500 ހީރަސް
    އެމްޕީއެލް ރޯދައަށް ތައްޔާރު https://heerasnews.com/1088 https://heerasnews.com/1088 ކޮންމެ އަހަރަކު ވެސް ރޯދަމަހު ގިނަ އަދަދެއްގެ މުދާ ރާއްޖެއަށް އެތެރެކުރެއެވެ. އެހެން ކަމުން މުދާ ކުލިއަރކުރުމާ ފޯރުކޮށް ދިނުމުގައި އެމްޕީއެލްއަށް ވަރަށް ބާރުބޮޑުވެއެވެ. 2022 ވަނަ އަހަރުގެ ރޯދަމަހަކީ ކޮވިޑް19ގެ ފަހުން އެންމެ ގިނަ އަދަކަށް މުދާ އެތެރެކުރި ރޯދަމަހެވެ. މިއަހަރު ރޯދަމަހު މުދާ އެތެރެކުރާ މިންވަރު އެއަށްވުރެވެސް އިތުރުވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ލަފާކުރައްވައެވެ. އެހެންކަމުން ރޯދަމަހު ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި މުދާ ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ވަރަށް ބޮޑަށް ދުރާލާ ތައްޔާރު ވެއްޖެއެވެ. އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ އެތައްޔާރީތަކާ ގުޅޭ ތަފްސީލްތައް ދެއްވާފައެވެ.  
    " އަޅުގަނޑުމެންގެ ހުރިހާ އިކުއިޕްމަންޓްތައް، ހާއްސަކޮށް ރޯދަމަހު އޮޕަރޭޝަނަށް ބޭނުންވާ ވަރަށް ގިނަ އިކުއިޕްމަންޓްތައް އަޅުގަނޑުމެން ހޯދާ އިތުރުކޮށް، ވަރަށް ގިނަ އިކުއިޕްމަންޓްތައް މަރާމާތުކޮށް ސަރވިސްކޮށް ނިންމާފަ މިހާރު ވާނީ" ޝާހިދު ވިދާޅުވިއެވެ.

    ހަމަ އެއާއި އެކު ރޯދަމަހު މުދާ ކްލިއަރ ކުރުމަށް ހާއްސަ ޓާސްކް ފޯސްއެއް އެމްޕީއެލްއިން އެކުލަވާލައފިއެވެ. މުދާ އައުމާއި އެކު މި ޓާސްކް ފޯސް މެދުވެރިކޮށް އެ މުދާ ބާލާ، ކްލިއަރކޮށް، މުދަލުގެ ވެރިފަރާތަށް ރައްދު ކުރުމުގެ މަސައްކަތް ކުރަމުން ދާނެއެވެ. މުދާ ކްލިއަރ ކުރުމުގައި އެމްޕީއެލްގެ މުވައްޒަފުން ރޯދަމަހު ގިނަ ވަގުތު ތަކެއް ހޭދަ ކުރާނެއެވެ. 
    އަނެއް ކޮޅުން ރޯދަމަހު މަސައްކަތް ކުރާ ގަޑިތަކަށް ބަދަލު ތަކެއް އާދެއެވެ. ރޯދަމަހު މުދާ ކްލިއަރ ކުރުމަށް ގިނަ ވަގުތުތައް އެމްޕިއެލް މުވައްޒަފުން ހޭދަކުރިޔަސް އާންމުކޮށް މަސައްކަތް ނުކުރާ ގަޑިތަކަކެއް ވެސް ހަމަޖެހިފައި އޮވެއެވެ. ރޯދަ ވީއްލާ ގަޑިން ފެށިގެން ތަރާވީސް ގަޑިއަށް އެމްޕީއެލްގައި މުދާ ކުލިއަރ ނުކުރާނެއެވެ. 
    ރޯދަމަހު ގެނެވޭ ކާބޯތަކެތި ހިޔާ ސަރަހަދެއްގައި ބެހެއްޓުމަށް ވަގުތީ ޝެޑްތަކެއް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ވިޔަފާރި ބަނދަރުގައި ގާއިމްކޮށް  ސަރަހައްދީ އެހެން ވިޔަފާރި ބަނދަރު ތަކުގައި ވެސް މިފަދަ ތައްޔާރީތައް ވެފައި އޮންނާނެއެވެ.

    ]]>
    Tue, 28 Feb 2023 17:23:15 +0500 ހީރަސް
    މައުލޫމާތު ހޯދުމާ ޖަވާބުދާރީ ވުމަކީ ސިޔާސީ ހަތިޔާރެއް! https://heerasnews.com/1087 https://heerasnews.com/1087 ދެފުށް ފެންނާނެހެން ކަންކަން ހާމަކޮށް ކުރުމަކީ ގިނަ ކަންކަމުގެ އޮޅުންތައް ކުޑަ ކުރާ ކަމެކެވެ. އެހެނަސް ދެފުށް ފެންނަން ވާނެ ކަމަށް ބުނެ ހާމަކުރެވޭ ބައެއް ކަންކަމުގެ ސަބަބުން ހީނުކުރާ ވަރުގެ ބޮޑެތި ދެރަތަކާ ކުރިމަތި ލާންޖެހިފައި ހުންނަނީ މަދެއްކޮށް ނޫނެވެ. އެންމެންގެ ރަނގަޅަށް ކުރަން އުޅޭ ކިތަންމެ ކަމެއް އެންމެ ރަނގަޅަށް ނުކުރެވުމުގެ ސަބަބަކަށް އެގެން ނުޖެހޭ ހާލަތުގައި އެގެން ނުޖެހޭ މީހުނަށް އެނގުންވެފައި އެބަހުއްޓެވެ.

    ދައުލަތް ހިންގުމުގައިވެސް އެންމެނަށް ހުރިހާ ކަމެއް އެންގުން ލާޒިމެއް ނޫނެވެ. ދައުލަތް ހިންގުމުގައި ކަންކަން ހިއްސާކޮށް ބައިވެރި ކުރަންޖެހޭ ފަރާތް ތައް ނިޒާމުގެ ތެރޭގައި ކަނޑައެޅިފައި އޮވެއެވެ. އެކަންކަމަށް ރައްޔިތުން މަތިކޮށްފައި ތިބޭ ބަޔަކު ތިބެއެވެ. ކަންކަން ކުރާންވީ ގޮތް ކަނޑައަޅައި ގާނޫނުތައް ހެދިފައިވެއެވެ. އެންމެންނަކު އަބަދަކު ހުރިހާ ކަމެއް އެގޭކަށް ބޭނުމެއް ނުވެއެވެ. އިތުބާރުކޮށް ބަޔަކު އިސްކޮށްފައި ތިބެނީ އެހެންވެގެނެވެ.

    އަމްދުން ހިނގަ ހިގާ ހުންނަ ތަހުގީގު ތަކުގައި އެހާލަތުގައި ހާމަވާން ނުޖެހޭ ކަންކަން ހާމަވުމުން ހެކި ފޮރުވުމާއި މައުސޫމު އެތައް ބައެއްގެ ޖާނާ ފުރާނައަށް ނުރައްކާވެފައި އެބަހުއްޓެވެ. ހިނގަ ހިނގާ ހުންނަ މަސައްކަތް ތަކުގައި ވެސް ހާމަވާން ނުޖެހޭ ކަންކަން ހާމަވުމުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބެއެވެ. 

    އަނެއް ކޮޅުން ސިޔާސީ ވާދަވެރި ކަމުގެ ތެރެއިން ސަރުކާރަށް ކަމެއް ރަނގަޅަށް ވިޔަނުދޭން މަސައްކަތް ކުރާ މީހުން ލައްކަގިނައެވެ. ކިތަންމެ ރަނގަޅު ކަމެއްވެސް ނުބައިގޮތަކަށް ސިފަކޮށް ދީގެން ކަންކަން ގޯސް ކުރަން އުޅޭ މީހުން މަދެއްނޫނެވެ. އެ މިހުންގެ ބޭނުމަކީ އެ މީހުންނޫން ބަޔަކަށް ކަމެއް ވިޔަ ނުދިނުމެވެ.

    ސިޔާސީ ވާދަވެރިންގެ މަސައްކަތަކީ ރައްޔިތުންގެ ކުރިމަތީ ސަރުކާރު ފެއިލް ކޮށްލުމެވެ. އެތެރޭގައި ކަތުރުފަނި އަޅުވައިގެން ނަމަވެސް ފެން ނުހިފޭ ވަރުކޮށްލުމެވެ. މިފާޑުގެ މީހުން ގެންގުޅޭ އެންމެ ތޫނު ހަތިޔާރަކީ މައުލޫމާތު ހޯދުމާއި ޖަވާބުދާރީ ކުރުވުމެވެ. ބަސްހޯދާ ބަހުގައި ހިފާ ދެމުމެވެ. ގައުމާއި ރައްޔިތުންނާއި ދީނީ ބޯޑު އަޅުވައިގެން ލަސްކޮށް ފަސްކުރުވުމަކީ ވާދަވެރިންގެ އަމާޒެވެ. 

    ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދައިގެން ފިތުނަ އުފައްދާ ގައުމުގެ ބަދަހި ސަފުތަކުގެ ހީރަސް ނައްޓާލުމަކީ އަބަދުވެސް ކޮންމެވެސް ބަޔަކު ހުއްޓާނުލާ ކުރާކަންކަމެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ނަމުގައި ކަންކަން ފާލުންނައްޓާލަން ބަޔަކު ޖަހާހާ ސަކަރާތަކަށް ވާގި ދިނުމަކީ ޒިންމާދާރު ވުމެއް ނޫނެވެ.  ދައުލަތުގެ ވެރިންނަކީ ގައިރު ޒިންމަދަރު ނޫސްވެރިންނާއި ވާދަވެރި ސިޔާސީވެރިން އެންޓަޓައިން ކޮށްދޭން ތިބި ބައެއްނޫނެވެ.

    ]]>
    Tue, 28 Feb 2023 15:56:29 +0500 ހީރަސް
    ގާސިމްގެ ވަރުހުރި މެސެޖެއް ނަޝީދަށް https://heerasnews.com/1086 https://heerasnews.com/1086 ސިޔާސީ ކަންކަމުގައި ބައެއް މީހުންނަކީ ހާދަ ޒާތެއްގެ ބައެކެވެ. ތިމާމެންގެ މަސްލަހަތާ ޖެހުމުން ކުރިއްސުރެ ހިފެހެއްޓި ހަމަތަކާއި އުސޫލުތަކަށް ކުޑަކޮށް ވެސް އިހުތިރާމެއް ނުކުރައްވައެވެ. އުސޫލުތަކާ ހަމަތަކަށް ބޯލަބައި ކިޔަމަން ގަންނަން ޖެހެނީ ތިމާމެން ނޫން އެހެން މީހުންނެވެ. 

    އީވާ އެވިދާޅުވަނީ ޑިމޮކްރެޓިކް ރީތި ހަމައިން އިންތިހާބުތަކުގައި ކަންކުރަންވާ ގޮތުގެ ވާހަކައެވެ. ކުރިއްސުރެ ރައީސް ނަޝީދު ވެސް ވަކާލާތު ކުރައްވާ ކުރިއަރުވާ ހެއްދެވީ އެއުސޫލެވެ. ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން ކާމިޔާބު ކުރައްވާ ކެންޑިޑޭޓްގެ ފަހަތަށް ވަޑައިގެން އެކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް މުޅި ޕާޓީ އެކަތިގަނޑަކަށް ވުމަށް ބާރު އަޅުއްވާ ހެއްދެވީ އެންމެ ބޮޑަށް ރައީސް ނަޝީދެވެ. އެހެނެއް ކަމަކު މިސާލު ދައްކަވަން ލިބިވަޑައިގެން ފުރުސަތުގައި ރައީސް ނަޝީދުގެ އަމަލު ކުރައްވަނީ ޑިމޮކްރެޓިކް ރީތި ހަމަތަކުގެ ތެރެއިންކަން ނުވަތަ ނޫންކަން އެހާމެ ސާފެވެ. 

    ރައީސް ނަޝީދުގެ ބަސްފުޅުތަކާއި އަމަލުފުޅުތައް ޑިމޮކްރެޓިކް ރިވެތި ހަމަތަކާ ދެކޮޅަށް ފިސާރި ނޭއްގާނި ގޮތެއްގައި ބަހައްޓަވަމުންދާ ދަނޑިވަޅެއްގައި ރައީސް ނަޝީދު މި ދަނޑިވަޅު އެބޭފުޅަކަށް މާ ތައުރީފެއް ކުރައްވާ އެވަރެއް ނެތިގެން އުޅުއްވާ ގާސިމް އިބްރާހީމް ރައީސް ނަޝީދަށް ފިސާރި ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ. އަމިއްލަފުޅު ޕާޓީގެ މެންބަރުންނާ މުހާތަބު ކުރައްވާ ދެއްވި ނަސޭހަތެއްގެ ގޮތުގައި ރައީސް ނަޝީދަށް ވަރުހުރި މެސެޖެއް އެ ދެއްވެވީ ސަމާސާއަކަށް ނޫނެވެ. 

    ]]>
    Mon, 27 Feb 2023 16:53:08 +0500 ހީރަސް
    އެމްއެމްޕީއާރުސީ ހިޔާނާތުގެ ދައުވާ ލެފްޓިނެންޓް ކާނަލަކަށް https://heerasnews.com/1085 https://heerasnews.com/1085 އެމް.އެމް.ޕީ.އާރު.ސީގެ ހިޔާނާތުގެ މަންފާ ލިބުނުކަމަށް ތުހުމަތުކުރެވޭ މާފަންނު ކަށިމާގެ އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

    އިބްރާހީމް ނަވީން ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި، ރިޝްވަތު ލިބިގަތުމަށް އެދުމާއި، ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކެޕްޓަނެއްގެ މަޤާމުގައިހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށު ތުހުމަތުގައެވެ. ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުން ކުރުމުގެ ކުށާއި، މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލުމަށްވެސް އޭސީސީން ފޮނުވި މައްސަލާގައިވެއެވެ.

    އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލްގެ މަގާމުގައި މިހާރު ވެސް ހުންނެވި ނަވީނަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ އެއްލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)އަށް އޭސީސީން އންގާފައެވެ. މިހާތަނަށް ކޮށްފައިވާ ތަހުޤީޤުތަކުން އެނގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.

    ]]>
    Mon, 27 Feb 2023 15:30:16 +0500 ހީރަސް
    ރައީސުލްޖުމްހޫރިއްޔާގެނައިބު ކުރީގެ ރައީސް މުހައްމަދު ނަޝީދު https://heerasnews.com/1084 https://heerasnews.com/1084 އެމްޑީޕީން ރިޔާސީ ކެންޑިޑޭޓަކާ އަދި ރަނިން މޭޓެއް ވާދަ ކުރާ އިންތިޚާބެއްގައި ގާސިމް އިބްރާހީމްގެ ރަނިން މޭޓެއްގެ ގޮތުގައި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި، އެމްޑީޕީގެ ރައީސް ކަމުގައި ހުންނެވި ރައީސް ނަޝީދު ވާދަ ކުރައްވަފާނެ ހެއްޔެވެ؟

    މިފަހަކަށް އައިސް އެމްޑީޕީ ހަމަތަކާ އުޞޫލްތަކާ ޚިލާފް ވަރަށް ގިނަ ކަންކަން ރައީސް ނަޝީދު ކުރެއްވީ މަޖިލިސް ރައީސް ކަމާއި ޕާޓީން ވެސް އެ މަނިކުފާނު ވަކިކުރޭތޯ ކަމަށް ލަފާ ކުރި މީހުން ތިއްބެވެ. އިދިކޮޅަށްވުރެ އިދިކޮޅު ވެގެން ކުރެއްވި ހުރިހާ ކަމަކަށް ވެސް ރައީސް ޞޯލިހް ރިއެކްޓެއް ނުކުރެއްވިއެވެ. ހަމަ ކެތްތެރި ކަމުގައި ހަނު ހުންނެވީއެވެ. މަޖިލިސް ރައީސް ކަމުން ރައީސް ނަޝީދު ވަކި ކުރުމަށް ސޮއި ހަމަކޮށް މެމްބަރުން އެ ކަރުދާސް ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ދުވަހު އޭތި ބައްލަވާ ވެސް ނުލައްވާ ސައިޑް ޓޭބަލްގައި ބޭއްވެވީ ކަމަށްވެއެވެ. އޭގެ ފަހުން އެތަކެއް މަސް ފާއިތުވީ އިރުވެސް އެޑޮކިއުމެންޓް އަދިވެސް އޮތީ އޮތްތަނުގައި ކަމަށް މުޢުތަބަރު ފަރާތްތަކުން ބުނެއެވެ.

    އެންމެ ފަހުން ކެތް ނުވެގެން ރައީސް ނަޝީދު ފަޅީގައި ތިއްބެވި މަޖިލިސް މެމްބަރުން ފާޅުގައި އެވާހަކަ ވިދާޅުވެ ބުޅާ ގޯނިން ބޭރުވެސް ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ގޮންޖައްސަވާ ހަށަވާދަ ކިޔަން ވެސް ފަށައިފިއެވެ. ރައީސް ނަޝީދު މަޖިލިސް ރިޔާސަތުން ބާލަން ރައީސުލްޖުމްހޫރިއްޔާއަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ދެރަބަސް ބުނަނީއެވެ. އަނެއްކޮޅުން ހިރުވާތަން ކަހާވެސް ނުލިއެވެ.

    ޖުމްހޫރީ ޕާޓީގެ ރަނިންމޭޓު ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުކުމެވަޑައިގެންނެވި ދާނެއެވެ. އެހެން ނަމަވެސް އެކަމުގެ އަޚްލާގީ މިންގަނޑަށް ބަލާއިރު އެ ހިސާބުން އެމްޑީޕީގެ ރައީސް ކަމާއި މަޖިލިސް ރައީސްކަން އެމަނިކުފާނާ ފެޔަށް ޖެހުނީއެވެ.

    2013 ގައި ގާސިމްގެ ރަނިންމޭޓް ކަމުގައި ޑރ ހަސަން ސަޢީދު ނުކުންނަވާ ފުރަތަމަ ބުރުން ކާމިޔާބު ނުވި ހިސާބުން 10 އަހަރު ވީ އިރުވެސް ހަސަނުވީ  ތަނެއް އެނގޭ މީހަކު ނެތެވެ.

    މިއަހަރު އެއްބުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމް ގާސިމް އިބްރާހިމަށް ކާމިޔާބުވާނެ ކަމަށް ދެކެނީ ކިތައް މީހުން ކަމެއް ނޭނގެއެވެ. ކާމިޔާބު ނުވެއްޖެ ނަމަވެސް ސޭޓަށް އެއީ އާކަމަކަށް ނުވާނެއެވެ. އެއީ އަބަދުވެސް ގާސިމަށް ވާގޮތެވެ. އެހެން ނަމަވެސް ފުރަތަމަ ބުރުން ގާސިމް ވެރިކަން ނުހޯދައިފި  ނަމަ ރައީސް ނަޝީދަށް އެވަނީ ފިސާރި އާގޮތެކެވެ. ގާތް ގަނޑަކަށް 2013 ގައި ޑރ ހަސަން ސައީދަށްވީ ގޮތެވެ. 

    ކުރީގެ ރައީސަކަށް ނައިބު ރައީސްކަން ވެސް ނުލިބުނީއެވެ. މަޖިލިސް ރައީސްކަމާ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސްކަން ވެސް ގެއްލި އެގޮތް މިގޮތްވެ ގެއްލި ހުސްވީއެވެ.

    ބައެއް މީހުން ދެކޭ ގޮތުގައި މިކަން ރައީސް ނަޝީދަށް މާބޮޑަށް ސާފު ވާނެއެވެ. ގާސިމްގެ ރަނިންމޭޓް ކަމަށް ދެއްކިގެން މިހާރު ވެސް އެ ކުރައްވާ ކަމަކީ ރައީސް ޞޯލިހަށް "ކޯޑް" އަޅަނީއެވެ. ބަރުލަމާނީއާއި ބޮޑު ވަޒީރު ކަމަށް ރައީސް އިބޫއަށް ފްލަރޓް ކުރަނީއެވެ.

    ]]>
    Mon, 27 Feb 2023 14:50:07 +0500 ހީރަސް
    ޒަމާން އަންނިއަށް ދިން ކެހި ގާސިމަށް ވެސް ދޭނެ. https://heerasnews.com/1083 https://heerasnews.com/1083 ކެނެރީގޭ ނަޝީދު ނަމަކަށް ކިޔާ މީހަކަށް ދިވެހިރައްޔިތުން ކުރި ތާއީދާ އިތުބާރަކީ ގާސިމް އިބްރާހީމަށް ދުވަހަކު ކޮޅުންވެސް، ގާތް ގަނޑަކަށް ވެސް ލިބޭނެ މިންވަރެއް ނޫނެވެ. އެކަމަކު ބަލަބަލާ ތިއްބާ އަންނިއަށް ލިބިފައި އޮތް އެތާއީދަށް ވެގެންދާ ގޮތް އެއީ ވިސްނައިފި މީހަކަށް ބޮޑު އިބުރަތެކެވެ.

    އެމްޑީޕީ ނުކުތީ ރާއްޖޭގައި ކުރިން އޮތް ޒަމާންވީ ވެރިކަމުގެ ވައްޓަފާޅި ބަދަލު ކުރާށެވެ. އެކަން ވިޔަ ނުދޭން ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީއަކީ ރައީސް މައުމޫން އުފެއްދެވި ޑީއާރުޕީ ކިޔާ ސިޔާސީ ޕާޓީއެވެ. އެޕާރޓީގެ 4 ނައިބު ލީޑަރުން ކުރެ އެކަކީ ގާސިމް އިބްރާހީމެވެ.

    ރާއްޖެ ބޭނުންވި އެ ބަދަލަށްޓަކާ ރައްޔިތުން ގޮވައިގެން އެމްޑީޕީ ނުކުމެ ޖަލުތަކާ މަގުތައް މަތީ ހަނާވެ، ފަނާވެ ދިޔައިރު މައުމޫން އަރިހުގައި ޑީއާރުޕީގެ ނައިބު ކަމާ، މައުމޫންގެ މާލީ ވަޒީރު ކަމުގައި ފިނިކޮޓަރީގައި ހިނިފުޅު ވަޑުވާން އިންނެވި ސޭޓަކީ ގާސިމް އިބްރާހީމެވެ.

    (ފޮޓޯ: އަވަސް)

    ފަޅުރަށްރަށުން އެންދެރިމާގެއަށް ފުނިޖެހޭ ތަނުން ކުރޮޅިއާއި ކާށި ވަކިކުރަން ބެހެއްޓި މާމިގިލި ސޮރަކީ ގާސިމެވެ. ތެޔޮ ވިއްކަން ފަށައިގެން އުޅުނު އިރު ބޮއްކުރާގެ ވަތް މަތީގައި ހުރި ފީފާތަކަށް ވުރެ ގިނަ ތެޔޮ އަޅަނީ ވަތުގައި ފަތުރާފައި އޮންނަ ސަތަރި ގޮންޏަށެވެ. ކަމާ ކަންފަށާ ހުކުރު ދުވަހު ތެޔޮ ބޮއްކުރާ ނެރެނީ ބަންދު ދުވަހު ގިނަލޯ ބަންދުވެފައި ހުންނާނެކަން އެނގޭތީއެވެ. ލޯތަކަށް ސިއްރުން ކުރާނީ ވައްކަމެވެ.

    ބޮޑެތި ބޯޓް ފަހަރުގައި ތެޔޮ އެތެރެ ކުރި ތާނގީ ތަކުގައި ޑަބަލް ފޫ އަޅާފައި އޮތީ އިމްޕޯރޓް ޑިއުޓީއިން ދައުލަތަށް ލިބޭ މިލިއަން ރުފިޔާ ނުދީ ހައްގު ގޮތުގައި މުއްސަނދި ވުމަށެވެ. މުއްސަނދިވާން ގާސިމް ކަންކުރި ގޮތް އެނގިތިބި މީހުން އަދި ދުނިޔޭގައި އެބަތިއްބެވެ.

    މީހުންނަކީ އެމީހާ ދައްކާ ކުލައެއްގައި ދެމިތިބޭ މީހުންނެވެ. ހެނދުނު ހުދުކުލައިގައި ހުރެފައި މެންދުރު ފަހު ދިހުން ގަދަ ކަޅުކުލަ ނުދެއްކިޔަަސް ހިނގިކަންކަމާއި އެކަންކަން ހިނގި ގޮތް ދަންނަ އެންމެން އަދި މަރެއް ނުވެއެވެ.

    ހަރުފަ ދުލި ބަދަލު ކުރާ ގޮތަށް ނުކުމެ ކުއްލިއަކަށް މާ އިސްލާޙީ މީހަކަށް ވެގެން މައުމޫނަށް ވެސް ދޯކާ ދީފާ ގާސިމް ނުކުތީ ޖުމްހޫރީ ޕާޓީގެ ނަމުގައި ސިޔާސީ ގޮތުން ކަނޑުފޭރޭ އުޅަނދެއް ބަނދެގެންނެވެ. ބޭނުމަކީ ސިޔާސީ ގޮތުން ހަށިވިއްކައިގެން އޭނާގެ ވިޔަފާރި ފުޅާ ކުރުމަށްޓަކާ އަންނަ ކޮންމެ ސަރުކާރަކުން ބައިހޯދުމެވެ.

    ގަޔަށް ކަޅު ޖެކެޓް މަހާ، އަތަށް އަންގި ލައްވާ މޫނު ނިވާކޮށްގެން، ހެޔޮވަރުގެ ދަތްދަގަނޑެއް ހިފައިގެން ގޮސް އެމްއެމްއޭގެ ތިޖޫރީ ފެޅުމަކީ މިޒަމާނުގައި ކުރެވޭނެ ކަމެއް ނޫނެވެ. ދައުލަތުގެ ތިޖޫރީ ފަޅާލަން އެންމެ ފަސޭހަ ގޮތަކީ ސިޔާސީ ޕާޓީއެއްގެ ނަމުގައި އުޅަނދެއް ބަނުމެވެ. ދެން ރިޔާސީ އިންތިޚާބަށް ނުކުމެ އަރިހުރަހަށް ގައުމުގައި ތެޅިބޭލީމާ ލިބޭ ވޯޓް ކޮޅެއް ހިފައިގެން ކޯލިޝަންގެ ތެރެއަށް އެރިގަންނާނީއެވެ.

    ސަރުކާރުން ލިބުނު ބައި މަދުވެގެން ގާސިމް ކުސަ ނުދަމާ ފަހަރެއް ދުއް ލޮލެއް މިގަައުމަކު ނެތެވެ. އަޖައިބެކެވެ. ގައުމުން ބައި އަޅަންޖެހޭ ސިޔާސީ ޕާޓީއެއް މި ގައުމުގައި އޮންނަން ޖެހޭ ހެއްޔެވެ. ވަނީ އެހެންނެއް ނޫނެވެ. ކޯލިޝަން ހަދާއިރު ކައްވާލަނީ ބޮޑެތި މަގާމު ތަކެވެ.

    އެއްބަސްވުން ތަކުގައި ސޮއިކުރަން ދެފަރާތުގައި ތިބެނީ ވެސް ޖުމްހޫރީ ޕްރައިވެޓް ލިމިޓެޑްގެ ވަޒީރާ، ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގެ އޭޖެންޓުންނެވެ. އެއްބަސްވުން ލިޔެފައި އޮންނަނީ ކޮންމެ ގޮތަކަށް ދިޔަޔަސް ދައުލަތުން ވިލާއަށް ބަދަލު ދޭންޖެހޭ ގޮތަށެވެ.

    ވާވެއްދި ފަޅާއި، ފެންބޯހުރާއާއި ބަރެސްދޫއާއި ތ. އެލާގެ ކޮންސެޝަން އެގްރީމެންޓްގެ ދަށުން ވިލާ ޝިޕިންގއަށް ލިބުނު ގެއްލުމުގެ ބަދަލުގައި ދައުލަތުން ވިލާއަށް 30 ނޫނީ 40 މިލިއަން ޑޮލަރު ދައްކަން ހުކުމް ކުރާ އަޑު އަހަމު ނޫން ހެއްޔެވެ؟ މިބުނާ ޒާތުގެ ހުކުމް އަންނަ ވަގުތަކީ ކުރިން ބުނި ގޮތަށް ދަތްދަގަނޑާ މާސްކު ބޭނުން ނުކޮށް ދައުލަތުގެ ޚަޒާނާ ފަޅާލާ ފަހުގެ މޮޅުގޮތެވެ. ގާސިމް އިބްރާހިމް ބޭނުންކުރާ އުކުޅެވެ. އެކަމަށް ބޭނުންކުރާ ޕައިރެޓް ބޯޓަކީ ޖުމްހޫރީ ޕާޓީއެވެ. އޭގެ ފަޅުވެރިންނަކީ އެޕާޓީގެ ސްލޮޓް ތަކުން މަގާމު ތަކަށް ސަވާރުކޮށް އެގްރީމެންޓް ތަކުގައި ސޮއިކުރަން އިސްވެ ތިބޭ މީހުންނެވެ. އެއްލޮލުގައި ކަޅުފޮތިގަނޑެއް ބަނދެގެން ހުންނަ ކައްޕިއަކީ ކަނޑުފޭރޭ ޕައިރެޓުންގެ ބޮހެވެ.

    ރިޔާސީ އިންތިޚާބްގައި ވާދަކޮށް ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް އެއްކަލަ މީހާ އިސްވީމާ މުޅިރާއްޖެ ވާނީ ރިޕްބްލިކް އޮފް މޯލްޑިވްސް ވިލާ ޕްރައިވެޓް ލިމިޓެޑަށެވެ. މި ގަނޑެއް ގަނެ މި ސަކަރާތެއް ޖަހާތާ މީހެއްގެ މުޅި ހަޔާތް ހޭދަވީމާ އެ މީހާގެ ހަގީގަތް އެންމެންނަށް އެނގުމަކީ ޒަމާން އިންސާނާއަށް ކެހިދޭ ގޮތެވެ. އެ ކެހި ގާސިމަށް ލިބިފައި އޮތްތަން ދެކެން ތިބޭށެވެ. 

    ދައުލަތުގެ ވަތްގަނޑާ ސޭޓްގެ ވަތްގަނޑު އެއްވީމާ ވާގޮތް ދިވެހިންނަށް ކިޔައިދިނީ އެމްޑީޕީގެ ރައީސް ކަމަށް ބުނާ ނަޝީދެވެ. އެކަމަކު ތިމާއަށް ނުލިބި ހިންނަވަރު ކުއްޖަކަށް ރާއްޖޭގެ ވެރިކަން ލިބުނީމާ ދައުލަތުގެ ވަތްގަނޑާ ސޭޓްގެ ވަތްގަނޑު އެއްކުރަން ވެސް ނަޝީދަށް އޯކޭ ވެއްޖެއެވެ. މިބާވަތުގެ ކަންކަމާ، ބަސްބަހާ ނަޝީދުގެ ޢަމަލު ލޯތަކަށް ދައްކައިދިނީ ވެސް ހަމަ ޒަމާނެވެ. ޒަމާން ދިން ކެހީގައި ނަޝީދު ހުލިވެ ހިމަވެ ދާގޮތް އޮތީ ފެންނާށެވެ. ރަނގަޅަސް ނުބަޔަސް މީހާގެ އަމަލުތައް އޭނާގެ ފަހަތުގައި ދާދި ގާތުގައި ހުރެއެވެ. ކޮންމެ ވެސް ހިސާބަކުން އެ އަމަލުތަށް އޭނާގެ ކޮނޑުގައި ކޮއްޓާލުމުން ޖެހެނީ އެނބުރި ގަންނާށެވެ. އެ ހިސާބުން އެ އޮތީ އޭގެ ނަތީޖާ މި ދުނިޔޭގައި ވެސް ފެންނާށެވެ. ރަނގަޅިއްޔާ ރަނގަޅަށެވެ. އެހެން ނޫނީ އޭގެ އަނެއް ކޮޅެވެ.

    ތާއީދާ ލޯތްބާ ސަޕޯރޓްގައި ގާސިމަކީ ނަޝީދާ ގާތް ކުރެވުނު މީހެއްވެސް ނޫނެވެ. ވީއިރު ނަޝީދަށް ޒަމާން ދީފައިވާ ކެހި ނުލިބި ގާސިމް ސަލާމަތްވެފައި ހުރިކަމަށް ދުށުމަކީ ވަރަށް މޮޔަ ކަމެކެވެ.

    ވެރިކަމޭ ބުނާ އިރަށް ބައި ލިބެންޏާ އަރާކަށް ވަކިކޮޅެއް ނެތް މީހަކީ ގާސިމްކަން ޒަމާން ދައްކައި ދީފިއެވެ. ކޮންމެ ވެރިކަމެއްގައި ލިބޭބައި މަދުވެގެން ޝަކުވާ ބަނދެ ބޮޑާ ހާކާ ރޮއެހޭރޭ މީހަކީ ގާސިމް ކަން ވެސް ޒަމާން ދައްކައި ދީފިއެވެ. ކޮވިޑް އައުމާ އެކު ގައުމަކާ ގައުމެއް ދޫކޮށް މުވައްޒަފުންގެ މުސާރަ 1000 ރުފިޔާއަށް ހަދާ ގައުމަށް ފިލި ލީޑަރޝިޕް ނެތް ޑީލަރަކީ ގާސިމް ކަންވެސް ޒަމާން ދައްކައި ދީފިއެވެ. ކޮވިޑަށް މިލާ މޯޅިވި ބުރުމާ ވެރިކަމަށްޓަކާ ފަރިވެ ފޮޅެން ފެށިގޮތް އަނެއްކާ ވެސް ޒަމާން މިއޮތީ ދިވެހިންނަށް ދައްކައި ދީފައެވެ. ވެރިކަން ނުކިޔަމާ ބަހީއެވެ. ގާސިމަކީ ކޯލިޝަން ހަދަންވެސް ހެޔޮނުވާވަރު މީހެއްކަން ހަމަ މިދަންނަވާ ޒަމާން މިވަނީ ތަކުރާރުކޮށް ދިވެހިންނަށް ދައްކައި ދީފައެވެ.

    ޒަމާން މިިކިޔަނީ ފާއިތުވެދާ އެތައް އަހަރަކަށެވެ. ދެން އޮތީ އޭނާގެ ހަޔާތުގައި ފަސްފަހަތުން އައިސް އައިސް އެހުރި އޭނާގެ ޢަމަލު އޭނާގެ ކޮނޑުގައި ކޮއްޓާލުމެވެ.

    ]]>
    Mon, 27 Feb 2023 13:32:14 +0500 ހީރަސް
    ސްޓެލްކޯއިން ސެޓިފައިޑް ޓްރެއިނިންގ ޕްރޮގްރާމެއް https://heerasnews.com/1082 https://heerasnews.com/1082 ހައި ވޯލްޓޭޖާއި މީޑިއަމް ވޯލްޓޭޖް ކޭބަލް އެޅުމާއި ގުޅުމާއި ކެނޑުމުގެ ސެޓިފައިޑް ޓްރެއިނިންގ ޕްރޮގްރާމެއް ސްޓެލްކޯއިން ޓެކްނިކަލް މުއައްޒަފުންނަށް ހިންގައިފިއެވެ.

    ޓްރެއިނިން ކުރިއަށް ގެންގޮސްފައި ވަނީ އެ ކުންފުނީގެ ސާވިސް ސެންޓަރާއި ޓްރާންސްމިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓުގެ އިތުރުން އަތޮޅުތެރޭގެ އިންޖީނުގެތަކުގައި މަސައްކަތް ކުރަމުންދާ ޓެކްނިކަލް މުވައްޒަފުންނަށް ހާއްސަކޮށްގެންނެވެ. 

    ޔޫއޭއީގެ އިންޓަނޭޝަނަލް ސެންޓަ ފޯ ޓްރެއިނިން އެންޑް ޑިވެލޮޕްމަންޓްގެ ޓްރެއިނަރެއްގެ އެހީތެރިކަމާ އެކުގައި ހިންގި މި ޓްރެއިނިންގ ޕްރޮގްރާމްގެ ބައިވެރިންނަށް ލިޔުން ދެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްއެވެ.

    ސްޓެލްކޯއަކީ ފޯރުކޮށްދޭ ހިދުމަތްތަކަކީ ފެންވަރު ހުރި ހިދުމަތަތްތަކަކަށް ހެދުމަށް ދޭތެރެ ދޭތެރެއިން މުއައްޒަފުންނަށް ތަމްރީނު ޕްރޮގްރަމްތައް ހިންގާ ޒިންމަދާރު ކުންފުންޏެކެވެ. ސްޓެލްކޯ އިން ވަނީ އދ. އަތޮޅުގެ އިންޖީނުގެތަކުގައި މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކަސްޓަމަރ ސާވިސް ޓްރެއިނިން ޕްރޮގްރާމެއް ބާއްވާފައެވެ.

    ]]>
    Sun, 26 Feb 2023 15:53:49 +0500 ހީރަސް
    އެސްޓީއޯ: ވައިކަރަދޫ ކަޅުކަރާ https://heerasnews.com/1081 https://heerasnews.com/1081 ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ބާވަތްތަކަށް ބާޒާރު ހޯދާދިނުމަށް އެސްޓީއޯއިން ގާއިމްކުރި އެގްރިސެންޓަރއަކީ ވަރަށް ކާމިޔާބު މަރުކަޒެކެވެ. ރާއްޖޭގެ ތަފާތު އެތައްރަށެއްގައި އިންދާ ހައްދާ ކާބޯތަކެތީގެ ބާވަތްތައް އެގްރިސެންޓަރަށް ގަނެ އެތަކެއްޗަށް ބާޒާރު ހޯދާދިނުމުގައި ކުރިއެރުންތަކެއް ދަނީ ހޯދަމުންނެވެ. އެގޮތުން ރަށްރަށުގައި އުފައްދާ ތަކެތި ތާޒާކަމާއެކު އެގްރިސެންޓަރުން ގަންނަން ލިބެން ހުރެއެވެ. 

    މިއަދު އެގްރިސެންޓަރގައި އެހުރީ ހދ. ވައިކަރަދޫން ލިބިފައިހުރި ކަޅުކަރަލެވެ. ފިސާރި އަގު ހެޔޮކޮށެވެ. ފަސްކިލޯއަށް ވުރެ ގިނައިން ކަރާ ގަންނަ ފަރާތްތަކަށް ހޯލުސޭލްކޮށް ވައިކަރަދޫ ކަޅުކަރާ އެގްރިސެންޓަރުން މިއަދު އެބަހުއްޓެވެ. 

    އަނެއް ކޮޅުން ވައިކަރަދޫގެ ތާޒާ ލެޓިއުސް ފަތް ހޯލްސޭލްކޮށް މިއަދު އެގްރިސެންޓަރުން ލިބެން އެބަހުއްޓެވެ. ފަސްކިލޯއަށް ވުރެ ގިނައިން ނަގާ ފަރާތް ތަކަށް -/42 އަށް ވައިކަރަދޫ ލެޓިއުސް ކިލޯއެއް ލިބެއެވެ. 

    ބޭނުންފުޅު ނަމަ 3012640 އަށް ގުޅުއްވާލައްވައި ގެންނާއި 7291130 ވައިބާރ ކޮށްލައްވައިގެން އޯޑަރކޮށް ލެއްވޭނެއެވެ.

    ]]>
    Sun, 26 Feb 2023 15:00:28 +0500 ހީރަސް
    އެސްޓީއޯ އިންޓަރނޭޝަނަލް ޓްރޭޑަށް https://heerasnews.com/1080 https://heerasnews.com/1080 އެސްޓީއޯ އިންޓަރނޭޝަނަލް ޓްރޭޑަށް ވަނުމަކީ ރާއްޖޭގެ އިގްތިސާދަށް ވަރަށް މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން ދިވެހިންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ފަހިވެގެން ދާނެއެވެ.

    ގަލްފް ފުޑް އެކްސްޕޯގައި ގާއިމްކުރި އެސްޓީއޯގެ ސްޓޯލްއަކީ ދިވެހި ބައެއް އުފެއްދުންތައް ދައްކާލާ ދިވެހިން އުފައްދާ ތަކެތި ރާއްޖެއިން ބޭރުގައި ވިއްކޭނެ މަގު ފަހިވެގެން ދިޔަކަމެކެވެ. އެސްޓީއޯ ދުނިޔޭގެ ބާޒާރަށް ނިކުތުމުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި އުފެއްދުން ތަކަށް ބޭރު ދުނިޔޭގައި ބާޒާރު ހޯދުމެވެ.

    އެސްޓީއޯއިން ގަލްފް ފުޑް އެކްސްޕޯގައި ބައިވެރިވެ  ޗޮއިސް ބްރޭންޑްގެ ކޮންޑެންސް މިލްކް އާއި ޗޮއިސް ކަޕްނޫޑްލް އާއި ޗޮއިސް ބާސްމަތީ ހަނޑުލާއި ޗޮއިސް ސަންފްލާވަރ އާއި ޗޮއިސް ވެޖިޓަބްލް އޮއިލްގެ އިތުރުން މިފްކޯގެ މަހުގެ އެކި އުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ވަނީ ތައާރަފްކޮށްފައެވެ.

    ފެބްރުއަރީ މަހުގެ 20 އިން 24 އަށް ދުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި ކުރިއަށްދިޔަ ގަލްފް ފުޑް އެކްސްޕޯގައި އެސްޓީއޯ ބައިވެރިވުމުގެ މަގުސަދަކީ އެސްޓީއޯއާއި މިފްކޯއިން ވިއްކާ ބްރޭންޑް ތަކަށް ބައިނަލްއަގްވާމީ ބާޒާރުގައި ފުރުސަތުތައް އިތުރުކުރުމެވެ. މިފެއަރގައި 125 ގައުމަކުން 5000 އަށްވުރެ ގިނަ ކުންފުނި ބައިވެރިވިއެވެ.

    ]]>
    Sun, 26 Feb 2023 14:35:10 +0500 ހީރަސް
    ޖޭޕީގެ ބުރަދަނަކީ މަދޮއްޓެއްގެ ބުރަދަން! https://heerasnews.com/1079 https://heerasnews.com/1079 ޖޭޕީ ރިޔާސީ އިންތިހާބަށް ފައި ނަގާއިރު ދެހަރާ ސައިނުވެ ދާނެކަމަށް ހީވަނީތާއެވެ. ނައިފަރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ޝިޔާމުގެ އުންމީދު އައުވާ ކަމަށް ވިދާޅުވާ ވިދާޅުވުމާ ހިޔާލު އެއްގޮތްވާ ސަބަބުތަކެއް އެބަހުއްޓެވެ. 

    ރައީސް ސާލިހާ ޖޭޕީ ކޯލިޝަން ނުހެދުމުން އެމްޑީޕީއަށް ވެރިކަން ނުލިބުމަށްވުރެ ޖުމްހޫރީ ޕާޓީގެ ހުވަފެން ހަގީގަތަކަށް ނުވުން މާކައިރިއެވެ. ޖުމްހޫރީ ޕާޓީން ތިލަފަތުގެ ކޮޅު ބަރުކުރަން ކޮންމެ ފަހަރަކު ގަދަވާ ބައިގިނަ ކޮޅަށް ޖެހެލައިގެން ކިންގމޭކަރ ހެދި ހެދުން ހުއްޓާލާ މިފަހަރު އަމާޒު ހިފާފައި ހުރީ އަމިއްލަ ބާރުވެރިކަން އޮތް ވެރިކަމެއް އުފެއްދުމަށެވެ. އެވަރުގެ އިސްކޮޅެއް ޖުމްހޫރީގައި ހުރިކަމަށް ހީވެގެން އުޅޭ އުޅުމާ މެދު ވިސްނާލުން ރަނގަޅެވެ.

    ޖުމްހޫރީގެ އެވްރެޖް ސައިޒަކީ ވިއްސަކަށް ހާސް ވޯޓެވެ. ޖުމްހޫރީ ލީޑަރުގެ އަމިއްލަ ނަންފުޅަށް ފަނަރަ ވަރަކަށް ހާސް ވޯޓު ރާއްޖޭން އާއްމުކޮށް ލިބެއެވެ. އެނިސްބަތް ވެސް ކޮންމެ ފަސް އަހަރަކުން އަންނަނީ ދަށްވަމުންނެވެ. އެކަން އެނގޭ މިންގަނޑަކީ މާމިގިލީ ދާއިރާގެ މެންބަރުކަމުގެ ޕޮޕިއުލަރިޓީ ފަހަރަކަށް ވުރެ ފަހަރެއް ދަށް ވަމުން އައި އައުމެވެ. އަނެއް ކަމަކީ ބޭސްފަރުވާއާއި މަތީ ތައުލީމަށް ވިލާގެ އެހީތެރިކަން ހޯދަން ޖެހޭލެއް ކުޑަވެގެން ދިޔަ ދިޔުމެވެ.

    އެހެނެއް ކަމަކު 2023 އަކީ ގާސިމް އިބްރާހީމަށް ވެރިކަމަށް ވަޑައިގަތުމަށް އެންމެ ފަހި އަހަރުކަމަށް ދެކޭ ބަޔަކު އުޅެއެވެ. އެއްޔަކީ އެއްގޮތަކުން ބަލާއިރު މުޅިއަކުން ދޮގެއްވެސް ނޫނެވެ. ޖުމްހޫރީގެ ހުވަފެން ހަގީގަތަކަށް ވެދާނެ ސަބަބުތަކެއް ވެސް އަދި އެބަ ހުއްޓެވެ. އެސަބަބުތައް އެގޮތަށް ދެމިއޮންނާނީ ކިހާ ދުވަހަކަށް ކަން ޔަގީނެއް ނުވެއެވެ. 

    ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ފިތުނައިގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ޖުމްހުރީއަށް ކަމަށް ހިސާބުޖަހާ މީހުން އުޅެއެވެ. އެމްޑީޕީގެ ރައީސް ނަޝީދުގެ ބަސްމަގާއި އަމަލުފުޅު ހުރިގޮތުން ފިކުރެއްގެ ދިރުމުން ޖުމްހޫރީއަށް ބާރުދޭ ކަމަށް ބެލެވެއެވެ. އަނެއް ކޮޅުން ޕީޕީއެމްގެ ރައީސް ޔާމީނު ޖަލުގައި އޮންނެވުމުން އޭގެ ފައިދާ ނެގުމުގެ ފުރުސަތު އެންމެ ބޮޑީ ޖޭޕީއަށް ކަމަށް ބެލެވެއެވެ. މި ފަހަރަކީ ޖޭޕީގެ ފަހަރު ކަމަށް ގަބޫލުކުރާ މައިގަޑު ސަބަބު ތަކަކީ މިއެވެ. 

    ޖޭޕީގެ އެ ހުވަފެން ހަގީގަތަކަށް ކިރިޔާ ވެސް ވާނީ ރައީސް ޔާމީނު މިނިވަންވެ ވަޑައިނުގެން ފިއްޔާއެވެ. މަތީ ކޯޓު މަރުހަލާއިން ރައީސް ޔާމީނު މިނިވަންވެ ވަޑައިގަތުމަކީ ވެސް ނެތްކަމެއް ނޫންތާއެވެ. ރައީސް ޔާމީނު މިނިވަންވެ ވަޑައިގެންފި ނަމަ މުޅި ޕީޕީއެމް ގަނޑުކޮށް އެ މަނިކުފާނު ފަހަތްޕުޅުގައި އޮންނާނެއެވެ. އެ ހިސާބުން ގާސިމުގެ ވެރިކަމުގެ ހުވަފެން ބިލާހަކަށްވެ އަނެއްކާ ވެސް ކޮޅު ބަރުކޮށްލަން ތިލަފަތު ކޮޅަށް ވައްޓާލާ މަދޮއްޓަކަށް ޖޭޕީ ބަދަލުވާނެއެވެ.   

    ]]>
    Sat, 25 Feb 2023 15:12:50 +0500 ހީރަސް
    ކޮވިޑަށް މޯޅިވެ އިންތިހާބަށް ފަރިވެފޮޅޭ ބުރުމާ https://heerasnews.com/1078 https://heerasnews.com/1078 ސުރުޚީ އަކާ ލިޔެފައި މިއޮތް ވާހަަކައަކާ ދިމައެއް ނުވެއޭ ބުންޏަސް ވަރިހަމައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަށުން ލިޔެފައި މިއޮތީ ލިއުނު މީހާ ލިޔަން ބޭނުންވި ގޮތަށެވެ. ދެން ހަދާނެ އެއްޗެއް ހަދާށެވެ. އެހެން ސުރުޚީއެއް ޖަހާފައި ކޮވިޑަށް މޯޅިވި ބުރުމަލާ މާބުރުގެ ވާހަަކަ ވެސް ލިއުނީމާ ލިޔެވޭނެއެވެ. އިހަށް މިހާރު ލިޔެފައި މިއޮތްއެތި ކިޔާށެވެ.

    2018 ގެ އިންތިޚާބު ބޯމަތިވިއިރު އެންމެން ތިބީ ހަދާނެ ގޮތާ ހެދޭނެ ގޮތް ހުސްވެފައެވެ. ހުރިހާ އިދިކޮޅު ޕާޓީ ހުރަގޭގައެވެ. ވަރުގަދަ ޖަލުހުކުމް ތަކުން އަވަދިވެފައެވެ.

    ސިޔާސީ ކުރިމަގު އޮތްތަނުގައި ބާއްވާފައި ކޯލިޝަން ހެދީ ޖާނު ސަލާމަތް ކުރުމަށެވެ. ފަހު ވަގުތާ ޖެހެންދެން ރައީސް ނަޝީދު ބޭރުގައި ހުރެގެން ވިދާޅުވީ އީޔޫ އާއި ޔޫއެން އާއި  ބައިނަލްއަގްވާމީ މުޖުތަމައުން ފަހު ވަގުތު ޔާމީން ފިއްތާލާނެ ކަމަށެވެ. ކުއްލި އަކަށް މަތިން ފައިބާ ދަނގަޑު އަތަކުން އެ މަނިކުފާނަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދީފާ އިންތިޚާބަށް ނެރޭނެ ކަމަށެވެ. 

    ސަލާމަތުން ތިބި މީހުން އެރިސްކް ނަގާކަށް ބޭނުމެއް ނުވިއެވެ. ޔާމީންގެ ގޮތް އޮތީ އެނގިފައެވެ. ކޮމަންވެލްތުން ޔާމީނަށް ފިޔަވަޅު އަަޅަން ނިންމުމާއެކު ކޮމަންވެލްތުން ރާއްޖެ ވަކިވެ އެ މަޅިން ބޯދަމައިގަތް ގޮތް ރައީސް ނަޝީދަށް ފެނިވަޑައިނުގަތަސް ދެންތިބި މީހުންގެ ހަމަހޭ ހުއްޓެވެ. 

    ކޮށްފައިހުރި ކަންކަމާ، އެކައުންޓަށް ވެއްދިހާ ފައިސާ އޭރުވެސް ޔާމީނަށް އެނގެއެވެ. ވެރިކަން ނުލިބިއްޖެ ނަމަ މިއަދު ވަދެ އޮންނަން ޖެހޭނެ ގޮޅި އޭރުވެސް ޔާމީނަށް ފެނެއެވެ. ވީއިރު ޔާމީނަށް ކޮން އިޔޫއެއް ހެއްޔެވެ؟! 

    ތަފާތު ގޮތްގޮތުން ބަނދެ ހަފުސްކޮށް ހުކުމް ތަކުން ތާށިކޮށް ޖަލަށްލައި ނޫނީ ރާއްޖޭން ބޭރަށް އަރުވާލެވިގެން ނޫން ގޮތެއްގައި ހުރި ސިޔާސީ ލީޑަރެއް ނެތެވެ.

    އައިސީޔޫ އިން އީޔޫއަށް އަދަބު ލުއިވެ، ޖަރުމަނު ފަސްގަނޑުގައި ބޭސްފަރުވާގެ ބަހަނާގައި ފައިޖެހުމާ އެކު ގާސިމްގެ ޞިއްޙަތު ޅަދުވަހަށް ބަދަލުވީއެވެ. ރައީސް  ނަޝީދަށް  އޮތީ  އިނގިރޭސި  ވިލާތުގެ  ރޯޔަލް  ހިމާޔަތެވެ. ދެން ތިބި މީހުން މަގުތައް މަތީ ގަނަތެޅި ހަފުސްވެ ކަރަންޓް މުގުރާލާ އަވަދިވެ، ކަރުނަގޭހުން ފޯވަނީއެވެ. 

    ކުރިމަތީގައި އޮތީ ބޮޑު ސުވާލެކެވެ. އެއީ،  ރައީސް ނަޝީދުގެ ހުވަފެނީ ކެންޑިޑެސީގެ އަވާގައި ޖެހިގޮސް ފަހު ވަގުތު އެކަންނުވެ އިތުރު 5 ފަސް އަހަރު އެހާލުގައި ޔާމީންގެ އަތްދަށުވާން ރާއްޖެ ދޫކޮށްލާނީތޯ ނުވަތަ އެއްބަސް ވެވޭ ކެންޑިޑޭޓަކު ނެރެ އޭރުގެ އަނިޔާވެރި ކަމުން ނެއްޓިގަންނާނީތޯ އޮތް ސުވާލެވެ. 

    ރައީސް އިބްރާހީމް މުޙަންމަދު ޞޯލިޙަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އެރުވީ 2018 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ އާދަޔާ ޚިލާފު ކޮންގްރެހުންނެވެ. އެ ކޮންގްރެހަކީ އުކުޅަހު ބަޣާވާތޭ ކިޔާ ނަންދިން ބަޔަކީ ކޮބައިކަން މިހާރު އެމްޑީޕީ ތެރޭން އެފެންނަނީއެވެ.

    މިއުޅެނީ އިތުރު އެއްވެސް ގޮތެއް ވެގެންނެއް ނޫނެވެ. ހުރިހާ އަދާވާތްތެރިކަމާ ހަސަދަ އަދި ފިތުނަވެރި ކަމެއްގެ ފެށުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމް މަށަށް ނުލިބުނު ތަނުގައި އަމުދުން ހިންނަވަރު ކުއްޖަކަށް ލިބުނީއެވެ. އަދި މިހާރު ދެންވާން މިދަނީ މާގޯސް ގޮތެކެވެ. 

    ކުޑަރަށެއް ބޮޑުރަށެއް ފަޅު ރަށެއް ނުބަލާ ކުރި ކަންކަމުން އަނެއްކާ އިތުރު ދައުރަކަށް އެހެރަގެން ދޮންވެ ފައްކާވަނީއެވެ. ހިންވަރާ ތަކަން މާރަންދޫ އަދި ފޯއްމުލައް ނޫނީ އައްޑޫ މީހަކު ރާއްޖޭގެ ވެރިކަން ކުރަން ބޭނުން ނުވާ ބޭފުޅުން ރާއްޖޭގައި ތިބިކަން ދިވެހިން ދަނެއެވެ. 

    އުކުޅަހުން ފެށި ދައުރު ނިމި މި ދަނީ އެމްޑީޕީ ތެރޭން ނުކުތް ބަޔަކު އިދިކޮޅު ޕާޓީއަށް ވުރެ ސަރުކާރަށް ކުރާ ދުއްތުރާ ބޮޑުކޮށްގެން ތިބެއެވެ. ސިޔާސީ މަގާމު ތަކުގައި ތިބެ ސަރުކާރަށް ގުއިފުރާ ޖެއްސުންކޮށް ވަޒީފާގެ ބިރުދައްކަނީއޭ ގޮވަމުން ބޮޑު މުސާރަ ނަގަނީއެވެ. 

    ކުރި ކޮންމެ ވާދައަކުން ބަލިވެ ގޮތްހުސްވެ ނާޗާރުވެ ބޭގަރާރު ވީމާ ތިބެގެން ކުރާ ކަމަކީ މަޖިލިހަށް ޒާތްޒާތުގެ ގަރާރު ހުށައަޅައިގެން ސަރުކާރާ ދިމާ ކުރުމެވެ. 

    އެމްޑީޕީގެ ރިޔާސީ ޓިކެޓް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިގެން ހުންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ޞޯލިޙެވެ. އެމަނިކުފާނާ ކުރައްވާނޭ  މަޝްވަރާއެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވީމާ ދެގޮތުން ކުރެ އެއްގޮތެއް ވެއްޖެއެވެ. އެހެންޏާ އެމްޑީޕީ އެއް މިހާރު ނެތެވެ. އެމްޑީޕީ އޮތިއްޔާ އެޕާޓީގެ ރައީސެއް މިހާރަކު ނެތެވެ.

    ]]>
    Sat, 25 Feb 2023 12:51:31 +0500 ހީރަސް
    އިދިކޮޅަށްވުރެ އިދިކޮޅު ރައީސަކީ ރައީސެއް ނޫން https://heerasnews.com/1077 https://heerasnews.com/1077 ރިޔާސީ އިންތިހާބުގެ ޓިކެޓާ ގުޅޭ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރައްވާނެ މަޝްވަރާއެއް ރައީސް ނަޝީދު ދެން ނުއޮންނާނެއެވެ. ރައީސް ނަޝީދަށް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކީ ޕާޓީގެ ޓިކެޓް ލިބި ވަޑައިގަތް ރައީސް ސާލިހަށް ވެރިކަން ކާމިޔާބު ކޮށްދެއްވަން ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރެއްވުމެވެ. 

    ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސެވެ. ޕާޓީގެ ސިޔާސީ ނިންމުންތައް ތަންފީޒުކޮށް ޕާޓީގެ ސިޔާސީ ކުރިމަގު މެންބަރުންގެ ވިންދާ އެއްގޮތަށް ބައްޓަން ކުރައްވަން ޖެހޭ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސެވެ. ޕާޓީގެ އާއްމު މެންބަރު ނިންމާފައި އެއޮތީ އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ މިހާރުގެ ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކަމަށެވެ. މުޅި ޕާޓީ އެއްވާނަކަށް ނިކުމެ މިހާރު އޮތީ ރައީސް ސާލިހު ދެވަނަ ދައުރަށް އިންތިހާބު ކުރުމެވެ. 

    އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން ޕާޓީގެ އެންމެ ބޮޑު ނިންމުން ފުޑާ ލެއްވުމަކީ ރައީސް ނަޝީދާ ވައްތަރު ކަމެއް ނޫނެވެ. ރައީސް ނަޝީދަކީ ފަހަތަށް ޖެހިވަޑައިގަންނަވަންވީ ކޮންމެ ތަނެއްގައި ފަހަތަށް ޖެހިވަޑައިގަތް ބޭފުޅެކެވެ. ތަފާތު ހިޔާލު ހަޖަމް ކުރެއްވުނު ބޭފުޅެކެވެ.

    ރައީސް ނަޝީދަށް ސިޔާސީ މަސައްކަތްޕުޅު ރައީސް ސާލިހާއެކު ނުކުރެއްވެންޏާ އެމްޑީޕީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނެވުމުގެ ލެޖިޓެމަސީއެއް ނުއޮންނާނެއެވެ. ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ކަމަށް ހޮވަން މަސައްކަތް ނުކުރައްވާ ޕާޓީގެ ރައީސަކީ ރައީސެއް ނޫނެވެ. ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުންތައް ގަބޫލު ނުކުރާ ރައީސަކީ ރައީސެއް ނޫނެވެ. އާއްމު މެންބަރުންގެ ވޯޓުން ހޮވާ ރިޔާސީ ކެންޑިޑޭޓް ގަބޫލު ނުކުރާ ރައީސަކީ ރައީސެއް ނޫނެވެ. 

    އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ރައްދު ދެއްވުމުގެ ގޮތުން "މުހައްމަދު ނަޝީދު އަންއޮފިޝަލް" އެކައުންޓުން ކުރި ޓްވީޓެއްގައި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބާ ގުޅޭގޮތުން އެ މަނިކުފާނު އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވުމުން ވިސްނުންފުޅު ސާފެވެ. އެމްޑީޕީއާއި އެކު ކުރާނެ މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވެވުނީ ގޯހަކުން ކަމަށް ފަހުން ވިދާޅުވިޔަސް ބުޅާ އޮތީ ގޯނިން ބޭރުވެފައެވެ.

    ރާއްޖެއާއި އެމްޑީޕީއަށް އެންމެ ހެޔޮ ގޮތް ހޯއްދެވުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ މެންބަރުންގެ ވިންދާ ދެކޮޅަކަށް ނޫނެވެ. އެމްޑީޕީގެ ޗޮއިސްއަކީ ރައީސް ސާލިހެވެ. ރައީސާއެކު ހުންނަވައިގެން ވާން އޮތް ކަމެއްގެ ގޮތުގައި އެކަން ރައީސް ނަޝީދަށް ފެނިވަޑައި ނުގަތަސް ގިނަ މެންބަރުންނާއި ރައްޔިތުންނަށް ފެނުނީ ރައީސް ސާލިހެވެ. އެނގޭހާ ވެސް އެއްޗަކީ އެމްޑީޕީގައި ރައީސަކު ހުރިނަމަ އެމްޑީޕީގެ އާއްމު މެންބަރުންނާއި ގައުމީ މަޖިލީހުގެ ނިންމުން ތަކަށް އިހުތިރާމްކޮށް މަސައްކަތް ކުރާނެ ކަމެވެ. އާއްމު މެންބަރުންގެ ނިންމުމާ އިދިކޮޅުވެ ޕާޓީގެ ނިންމުންތައް ބޮލާލާ ޖަހާމީހަކީ ޕާޓީގެ ރައީސަކަށް ނުވާނެއެވެ. ޕާޓީއާއި އިދިކޮޅަށްވުރެ އިދިކޮޅު ރައީސަކީ ރައީސެއް ނޫނެވެ.
    ]]>
    Sat, 25 Feb 2023 11:45:56 +0500 ހީރަސް
    ހިންގުމުގާ ޖޭޕީ ބައިވެރިކުރާކަމަށް ވާނީ ކިހާވަރެއްވީމަ! https://heerasnews.com/1076 https://heerasnews.com/1076 ކޮންމެ ބަޔަކު ޖުމްހޫރީ ޕާޓީއާ އެކު ވެރިކަމަށް އައިސް ވެރިކަން ހިންގުމުގައި ޖުމްހޫރީ ޕާޓީ ބައިވެރި ނުކުރާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވީމާ ހައިރާނެއް ނުވެއެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނު ހެއްދެވީ އެހެންނެވެ. އެކަމަކު ކޮންމެ ބަޔެކޭ ވިދާޅުވެ ރައީސް ސާލިހަށް އެބަސް ރައްދު ކުރެއްވީމާ ގާސިމްގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފެދެއެވެ. 

    އެހެން ވިދާޅުވުމުން ގާސިމަކީ ވެސް ހަނދުމަފުޅު ބަލި އަމިއްލަ ހައިބަތު ބޮޑު ކުރައްވަން އުޅުއްވާ ބޭފުޅެއް ކަމަށް ބުނެވިދާނެއެވެ. ރައީސް ސާލިހު ސަރުކާރު ހިންގުމުގައި ޖުމްހޫރީ ޕާޓީއަށް ނުލިބުނު މޮޅެއް އެމްޑީޕީއަށް ވެސް ލިބިފައެއް ނެތެވެ. ނައިބު ރައީސް ކަމުން ފެށިގެން ކެބިނެޓްގެ ބާރުގަދަ ވުޒާރާ ތަކުން ފެށިގެން ބޮޑެތި ކުންފުނި ތަކުގެ އެމްޑީކަމާއި ސިޔާސީ އެތައް މަގާމެއް ޖުމްހޫރީ ޕާޓީއަށް އެބަ އޮތެވެ. އެމްޑީޕީގެ މައިގަނޑު ޝަކުވާއަކަށް ވީވެސް ޖުމްހޫރީ ޕާޓީ ހައްދެއް ނެތް މިންވަރަށް ސަރުކާރުގައި ބައިވެރިކުރުމެވެ. ރައީސް ސާލިހު ސަރުކާރުގެ އެންމެ ހިންގުންތެރި މިނިސްޓަރުންނާއި އެމްޑީންނާއި އެ ނޫން ސިޔާސީ މީހުންނަކީ ޖުމްހޫރީ ޕާޓީގެ މެންބަރުންނޭ ގާސިމް ވިދާޅުވީ ސަރުކާރުގައި ޖުމްހޫރީ ބައިވެރި ނުކުރާތީ ހެއްޔެވެ. 

    ގަބޫލުކުރައްވާށެވެ. ރައީސް ސާލިހުގެ ސަރުކާރަށް އެންމެ ގިނަ ފާޑުކިޔުމާ ބަދުނާމުތައް އަމާޒުވީ ޖުމްހޫރީ ޕާޓީގެ ސަބަބުންނޭ ބުނުން ކުށަކަށް ނުވާނެއެވެ. ހައްގުގޮތުގައި ލިބުނު ނަމަވެސް އަދަލުވެރި ބަދަލު އެންމެ ބޮޑަށް ލިބި ވަޑައިގަތީ ވެސް ޖުމްހޫރީ ލީޑަރަށެވެ. އެކަން ކަމުގައި ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުއްޓެވެ. 

    ރައީސް ސާލިހު ސަރުކާރަށް އެންމެ ބޮޑު ބަދުނާމެއް ލިބުނު ވެންޓީލޭޓަރ މައްސަލައާއި ޖުމްހޫރީ ޕާޓީއާއި ގުޅުން ބޮޑެވެ. ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ވެންޓިލޭޓަރ މައްސަލަ ގުޅިފައި އޮތީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގެން ހެލްތު މިނިސްޓަރާއެވެ. ވެންޓިލޭޓަރ ގަތުމަށް ނިންމި ނިންމުން ވަޒަންކުރި ކޮމެޓީގެ މެޖޯރިޓީއަކީ ޖޭޕީގެ ސްލޮޓްގައި ތިއްބެވި އެކިފެން ވަރުގެ ސިޔާސީ ވެރިންނެވެ.

    ރައީސް ސާލިހުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ނިސްބަތްވެ ވަޑައިގަންނަ ވަނީ ވެސް ޖޭޕީއަށެވެ. އެ ބޭފުޅާގެ އަމަލުފުޅުތައް ހުރި ގޮތުން ސަރުކާރުގައި ހުތުރު ލައްގަޑެއް ޖެހި ސަރުކާރު ހޫނު ފެނަށް ވެއްޓުނެވެ. ސަރުކާރަކުން ކުރިމަތި ލާން ނުޖެހޭ އެތައް މައްސަލަ ތަކަކާ ޖޭޕީގެ ސަބަބުން ރައީސް ސާލިހުގެ ސަރުކާރަށް ކުރިމަތިލާން ޖެހުނެވެ. އެކަމަކު ގާސިމް އެވިދާޅުވަނީ ސަރުކަރު ހިންގުމުގައި ޖޭޕީ ބައިވެރި ނުކުރާ ވާހަކައެވެ.

    ޖުމްހޫރީ ޕާޓީން ސީދާ ވެރިކަމަށް ނާދެވި، ތަސައްވަރުތައް އޮޅާލަން ޖެހެނީ އެއްބުރުން ވެރިކަމަށް ނާދެވޭތާ ދެވަނަ ބުރަށްދާ ވަރަށް ވެސް ރައްޔިތުންގެ ރުހުން ނެތީމައެވެ. އެއްޔަކީ ޕީޕީއެމާއި އެމްޑީޕީގެ މައްސަލައެއް ނޫނެވެ. ކޮންމެ ފަހަރު ޖުމްހޫރީ ޕާޓީން ގަދަވާ ކޮޅަށް އަރަނީ ކިންގ މޭކަރ ހެދޭށެވެ. ބޯކިބަލުން ބޮޑުފޮތިކާށެވެ. 

    މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ޖޭޕީ ބައިވެރި ކުރުމަށް ރައީސް ސޯލިހު ކުރެއްވި މަސައްކަތްޕުޅު ގާސިމް ހަނދުމަފުޅެއް މިހާރަކު ނެތެވެ. ކޯލިޝަން ޕާޓްނަރުންނަށް ސަރުކާރުގައި ހިއްސާވާ މިންވަރަށް އިންތިހާބުތަކުން ޖާގަ ނުދެއްވީ ރައީސް ސާލިހެއް ނޫނެވެ. އެކަން އެގޮތަށް ވިޔަނުދިން މީހަކީ ރައީސް ނަޝީދެވެ. ހައްދެއް ނެތް މިންވަރަށް ރައީސް ނަޝީދަށް މިއަދު ގާސިމް ތައުރީފް ކުރެއްވިޔަސް ތާރީހު ބަދަލެއް ނުވާނެއެވެ. ކާކުކުރީ ކީއްކަން ވަރަށް ސާފެވެ. ގާސިމް މޮޔަފުޅުވެ ވަޑައިގަތަސް އެންމެނަކު މޮޔައެއް ނުވެއެވެ.

    ]]>
    Fri, 24 Feb 2023 21:45:54 +0500 ހީރަސް
    ސޭޓުގެ ވަތްގަނޑާ ދައުލަތުގެ މާލިއްޔާ މިފަހަރަކު ނުގުޅޭނެތަ! https://heerasnews.com/1075 https://heerasnews.com/1075 އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން އުންމީދުވާރަކު ވަނީ ކަނޑައަޅާފައެވެ. އެ އުންމީދުވާރަށް އިންތިހާބު ކާމިޔާބުކޮށް ދޭން މަސައްކަތް ކުރުމާއި އެ އުންމީދުވާރަށް ވޯޓު ދިނުމަކީ އެމްޑީޕީގެ ކޮންމެ މެންބަރަކަށް ލާޒިމު ކަމެކެވެ. ޕީޓީގެ ރައީސްގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ވެސް އެއީއެވެ.

    އެހެނެއް ކަމަކު އެމްޑީޕީގެ ރައީސް މި ފަހަރަކު މި އުޅުއްވަނީ ދިމާ އިދިކޮޅަށެވެ. މައުމޫނަށްވުރެ މައުމޫނެވެ. ބޮޑު ތިން ބަލިން ބަލިވީމާ ވެސް މަވެތިކަމުގައި ހޭކެނޑިފައެވެ. ސޮހޭސޮރުގެ ހާލު އަމިއްލަ ޕާޓިން ޖެހުނީމާވެސް ހެޔެއް ނޭރިއެވެ. 

    އެމްޑީޕީގެ ރައީސް އެމްޑީޕީ ނޫން ޕާޓީއަކުން އުންމީދުވާރަކު ނެރުވައިގެން އެމީހަކަށް ވެރިކަން ހޯދަދޭން އެހުރީ އެއްރޮއްޖަށް ފޫގަޅައިގެނެވެ. ޔާމީނު ވެރިކަމުގައި ވީމޮޅައިގެން ނިކުމެ ޖުމްހޫރީގެ ނިވާ ފަތްގަނޑު ދަށަށް ވަދެ ތިބި ކުދިންކޮޅު ހިސޯރުކުޅަ ކައުންސިލަކުން ލީޑަރަށް ދައްކާ ހުވަފެނުގައި އެމްޑީޕީ ރައީސް ކުލަޖައްސާ ދޭން އުޅެގަތީމާ ދުރުތިބީން ކުރަނީ މަލާމާތެވެ.   

    މާމިގިލީ ގޮނޑުދޮށުގައި މުންޑުބުރި އަނދެގެން ކަކުނިކޮނަން އޮއްވާ ދޮންމަނިކުގޯތި ބަދިގެއަށް ގެނައި ބޯނެއް ބުރުމަލަކަށް މިއަދަކު ނުވެއެވެ. ބޮޑު ސޭޓުގެ ވަތްގަނޑާ ދައުލަތުގެ މާލިއްޔާ ގުޅާލެވޭ ކަމަކަށް އަމްދަކުން މިއަދަކު ނުވެއެވެ. އެރަށާ މިރަށާ އެއޮތް ރަށް ހޯދައިގެން ސޭޓުގެ އަންބޮޑި ބޮޑުކުރަން އުޅޭކަމަކަށް ވެސް މިހާރަކު ނުވެއެވެ. ވިލާ މޯލްޑިވްސްއަށް ރާއްޖެ ބަދަލުވާ ކަމަކަށް ވެސް ނުވެއެވެ. ފަސްޓް ލޭޑީއަކީ ކާކުކަން ވަކިކުރަން ނޭނގިގެން އުޅެން ޖެހޭނެ ކަމަކަށްވެސް މިހާރަކު ނުވެއެވެ. ދައުލަތުން ހައްގު ނޫން ބަދަލުތަކެއް ހޯދައިގެން ކޯލިޝަން މެދުވެރިކޮށް ދައުލަތް ލޫޓުވާ ކަމަށް ބުނާ މީހާ ވެރިކަމަށް ގެންނަން މިހާރު ނަޝީދަށް ނިކަން ރަނގަޅެވެ. ކުރިންވެސް އެތައް ފަހަރަކު އެކިބުރުމަތިން ގާސިމާ ދިމާލަށް ނުގޮވާ ކުނިފުޅައެއް ނަޝީދު ނެތެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ގާސިމް އިބްރާހީމްމެން ބައިވެރިކޮށްގެން އެންމެ އިރިއިރިލެވީ ވެސް ނަޝީދެވެ. އެކަމަކު ޖުމްހޫރީ ޕާޓީގެ ލީޑަރަކީ މިއަދު އެމްޑީޕީގެ ރައީސަށް ރަނެއް މަލަކަށް ވެއްޖެއެވެ. 

    ޕާޓީގެ ރިޔާސީ ޓިކެޓް ނުލިބުމުން ޕާޓީއަށް ވެރިކަން އޮންނަން ވެސް ނަޝީދު ބޭނުމެއް ނޫނެވެ. ގާސިމް އިބްރާހީމް ނެރުވައިގެން ގާސިމަށް ވެރިކަން ލިބި ނަޝީދު ނޭދޭ ކުޑަވެސް ކަމެއް ވެއްޖެނަމަ އެފަކީރަށް ނަޝީދު ފަހުން ކޮށްލާނެ ވަރު ހިތަށް އަރައެވެ. ކޭކަލަޔާ ބުއިކަލަ ގޮވާ ވެރިކަމަކީ އޭނާ ދިން އެއްޗަކަށް ހަދާނެއެވެ. އިރާދަ ކުރެއްވި އަލަކަށް އިރާދަ ކުރެއްވުމުން މިންވަރު ކުރެއްވި ކަމަކަށްވެސް ނުވަނެއެވެ. ވެރިކަމުގައި އަމިއްލަ ހިޔަންޏަކަށް ނުވާނޭ ބުނި ޒަމާންވީ މިތުރަށް ދޫދިނުމެއް ކުލުނެއް ނެތްއިރު ގާސިމަށް ޖައްސާނީ ކޮންހާލެއް ހެއްޔެވެ.

    ބާރަށް ގާސިމާ ބަގުޑި ބައްދަން ޖަހާ ހިސާބު އަދި ފެންނަނީ އަތަށް ގޮވާތަނެވެ. ހުކުމުގެ މަންނަ އޮތީ އިބޫ އަތުގައެވެ. ތިޔަ ކުޅޭކުޅީގައި ހުކުން ބުނި ފަންސަވީހެއް ނުލިބެނީސް ސަލާމަތް ވާނެއެކޭ ހަމަ ހިޔެއް ނުވެއެވެ. މަނާ މަންތިރިވެ ބޮނދު ބުޑަށް ސައި ކީއިރު ވެސް ނޭނގުނު ނޫންހެއްޔެވެ.

    ]]>
    Thu, 23 Feb 2023 22:36:15 +0500 ހީރަސް
    އެމްއެމްޕީއާރުސީ ހިޔާނާތުން ބަލަނީ ޔާމީނު މައްސަލަ އެކަނިތަ! https://heerasnews.com/1071 https://heerasnews.com/1071 ޔާމީނާ ބައިވެރިވެގެން ދައުލަށް ދަވާލަން އުޅުނު މީހުން ވެސް ދޭތެރެ ދޭތެރެއިން އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ނުބެލޭ ވާހަކަ ދައްކައެވެ. ކުރިން އެ ވާހަކަ ދެއްކި މީހުންނަށް ވުރެ މާބާރަށް މާގިނައިން ރީތި ވާހަކަ އަކަށް ވެގެން ދައްކަނީ ޔާމީނުގެ އައުވާނުންނެވެ. ޔާމީނުގެ އިގްތިސާދީ ވަޒީރަކަށް ހުރި ތުރާކުނު ސައީދެވެ. ފައިނު އާދަނުގެ ހަޔާތެއްވެސް މިކަމުގައި ވަކި ކުޑައެއް ނޫނެވެ. ނައިފަރު ޝިޔާމާއި އަދުރޭގެ އަޑެއް ވަކިމަޑެއް ނޫނެވެ. ނަސީބަކުން ޝިއުނީމެން ލިބުނު މޮޅައިގެން ހަނުތިބޭކަން ރަނގަޅެވެ.

    ރައީސް ސާލިހުގެ ނާގާބިލުކަން ދެއްކެވުމަށް އެމްޑީޕީގެ ރައީސް ނަޝީދު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ދައްކަވާލެއް ފުކެއްވެސް މަދެއް ނޫނެވެ. އަބްދުﷲ ގާޒީ ރަހީނުކުރި މައްސަލާގައި އިއްވާފައި ހުކުމުން ބޯދަންމަވައި ގަތުމަށް ރައީސް ޔާމީނާ އެކު ޑީލް ހައްދަވައިގެން ރިޝްވަތު ހޯއްދަވާ ދެއްވައިގެން އެމްޑީޕީގެ ނަން ހަރާބު ކުރުމުގައި އިސްވެ ހުންނެވީ އެމްޑީޕީގެ ރައީސް ނަޝީދެވެ.

    ބައެއް މީހުންގެ ނަޒަރުގައި ރައީސް ސާލިހަށް ވެރިކަމުގައި އޮތްހާވެސް ކަމަކީ އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމެވެ. ހެކި ނައްތާލުމާ ހެކިފޮރުވުމާ މައުލޫމާތު ނުދިނުމާ ދެނަހުރި ކަމަށް ނުހެދުމުގައި ވަކި މީހެއްނެތެވެ. އެމްއެމްޕީއާރުސީ މައްސަލައަކީ ކޮޅެއް މެދެއް ނެތް އޮޅުބޮޅުން ބޮޑު ކަމެކެވެ. އެމެރިކާގެ ވޯޓަރގޭޓް މައްސަލައަށް ވުރެން ވަކީން ސަހަލު ކަމެއް ނޫނެވެ.

    ރައީސް ސާލިހު ވެރިކަމުގެ ފުރަތަމަ ދުވަހު ރިކަވަރީ ކަމިޝަން ހައްދަވާ އެ ހޯދުންތައް ހޯއްދަވަން ފެއްޓެވިއެވެ. ކަމުގެ ބޮޑުކަމާއި ބައިވެރިންގެ ގިނަކަމާއި ރޭވުންތަކުގެ ވަގުކަމަށް ބަލާއިރު ނަތީޖާ ހާސިލުކުރެވިފައިވާ މިންވަރެއް ވަކި ކުޑައެއް ނޫނެވެ. ދުނިޔެ އޮތްހާ ދުވަހު ބެއްޔަސް ބަލާ ވަރަށް އެމްއެމްޕީއާރުސީގެ ހިޔާނާތް ބޮޑުވެފައި ފުނެވެ.  

    އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ބަލަނީ ޔާމީނުގެ މައްސަލަތައް އެކަންޏެއް ނޫނެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 5 ފަރާތަކަށް ޖުމްލަ 43 ދައުވާއެއް ކޯޓުގައި ސާބިތުވެފައިވެއެވެ. 7 ފަރާތަކާއި 2 ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށް އެބަ ދެއެވެ. އަނެއްކޮޅުން އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 53 މައްސަލަ އޭސީސީ އިން މިހާރުވެސް ތަހުގީގު ކުރަމުން އެބަގެންދެއެވެ. ދައުލަތަށް ގެއްލިގެން ދިޔަ ފައިސާ ހޯދުމުގައި 11 ފަރާތަކަށް މަދަނީ ދައުވާ ކުރުމާ ގުޅޭ ކަންކަން ކުރިއަށް ދެއެވެ. އެހެނެއް ކަމަކު ތަހުގީގަށް ސާބިތުވެ ޝަރީއަތަށް ސާބިތުވިޔަސް ކުރާ ހުކުން ވަނީ ހަރާމެވެ.  

    މައްސަލައިގެ ހައްސާސްކަން އެގެނީ އިއްޔެ ހަރުއަޑުން ވަގަށް ގޮވަން ނިކުމެ ރޭނިދި ނުނިދިގެން އުޅުނު ޖަމީލުމެން ނިކުމެ އެ ތިބީ ބޮޑުވަގުގެ ދިފާއުގައެވެ. އެއޮތް ތަނުން ފަޅަކާ މިއޮތް ތަނުން ގިރިއެއް ނަހަމަ ގޮތުގައި ވިއްކައިގެން މާތްކަލާކޯއޭ ވިދާޅުވެ އިންސާފާ ކުރިމަތިލާން ޔާމީނަށް ގޮވާލައްވަމުން ގެންދެވި ރައީސް ނަޝީދު ވެސް ޔާމީނުގެ ޝަރީއަތް ހިންގާތީ އެ ހުންނަވަނީ މޭނުބައިކޮށްފައެވެ.

    އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން އެންމެ ރަނގަޅަށް އެނގި ވަޑައިގަންނަވާ ބޭފުޅަކީ ރައީސް ނަޝީދު ކަމަށް ވިދާޅުވެފައި ވަނީ ވެސް މަދެއްކޮށް ނޫނެވެ. އަދީބުގެ ލެޕްޓޮޕާއި ފޯނުކޯލް ރެކޯޑިންތަކާއި ބަދަލުކުރެވިފައިވާ މެސެޖްތައްވެސް އޮންނަނީ ރައީސް ނަޝީދު އަތްޕުޅުގައެވެ. ރައީސް ނަޝީދު ވަގެކޭ ވިދާޅުވާ ކޮންމެ މީހަކީ ވަގެކެވެ.

    ހުރިހާ މައުލޫމާތެއް ހުރެމެވެ ލިބި ހުންނެވި ހުރިހާ މައުލޫމާތެއް ރައީސް ނަޝީދު ބޭނުންފުޅު ކުރައްވަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. އެވަގުތަކު އަބުރު ކަތިލައްވާ ލައްވަން ބޭނުންފުޅުވާ މީހުންގެ އަބުރު ކަތިލާ ލެއްވުމަށެވެ. ބައެއްގެ ތެރޭގައި މިހާވަރަށް ފަސާދަ އުފެދި އެންމެން އެންމެނަށް ވަގަށް ގޮވާތަނެއްގައި އިންސާފު ނުލިބިގެން އެންމެ ބާރަށް ވާހަކަ ދައްކަނީ ވެސް އެހާމެ ބޮޑެތި ވަގުންނެވެ.

    ]]>
    Wed, 22 Feb 2023 22:02:48 +0500 ހީރަސް
    މާލީ ފުދުންތެރިކަމާ ސިއްހަތާ ހުރިގުޅުން https://heerasnews.com/1070 https://heerasnews.com/1070 މާލީ ފުދުންތެރިކަމަކީ ކޮބާ!

    މާލީ ފުދުންތެރިކަމަކީ މިހާރު އަދި ކުރިއަށް އޮތްތަނަށް ވެސް ލިބޭ އާމުދަނީއިން ދިރިއުޅުމުގެ މައިގަޑު ކަންކަން ފުދައިގެން ދިރިއުޅެވޭނެ ހާލަތުގައި ހުރުމެވެ. ދިރިއުޅުމުގެ ފުރިހަމަ ހިތް ހަމަޖެހުމާއި އުފާތައް ހާސިލް ކުރުމުގައި ފައިސާގެ ދަތިކަމުގެ ނުތަނަވަސްކަން ނެތުމެވެ.

    ތިމާ އަދި ކިތަންމެ މާލީ ޕްލޭނެއް ކޮއްފައި އޮތަސް އަދި އެ ޕްލޭނުގައި މަސައްކަތް ކުރިއަސް ހަގީގަތަކީ ދިރިއުޅުމުގެ ހާލަތު މެދުވެރިކުރާ ގޮތަކުން މާލީ ދަތިތަކާ ދިމާވެދާނެ އެތައް ސަބަބުތަކެއް ހުރެދާނެއެވެ. މިސާލަކަށް ސިއްހީ ކުއްލި ހަރަދުތަކާއި ދަރިން ނުވަތަ ތިމާގެ ކިޔެވުމާ ގުޅުންހުރި ހަރަދުތަކާއި ލޯނު ދެކުން ފަދަ ކަންކަން ހިމެނެއެވެ.

    މާލީ ދުޅަހެޔޮކަމުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރަނީ ކިހިނެއް؟

    ނަފްސާނީ ދުޅަހެޔޮކަމާއި މާލީ ދުޅަހެޔޮކަމާ އޮންނަނީ ގުޅިލާމެހިފައެވެ. ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި މާލީ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ސްޓްރެސް އަކީ ދާއިމީ ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާ ކަމެކެވެ. ގިނަ ބަޔަކަށް އެންމެ ބޮޑަށް ސްޓްރެސް  ކުރިމަތި ވަނީ މާލީ ދަތިތަކުގެ ސަބަބުންނެވެ. އާއިލީ، ސިޔާސީ އަދި މަސައްކަތުގެ ސްޓްރެސް އަށް ވުރެވެސް މާލީ ސްޓްރެސް މާބޮޑެވެ. މާލީ ނުތަނަވަސް ކަމުގެ ސަބަބުން ކަންބޮޑުވެ، މާޔޫސްވެ، ހާސްކަން އުފެދެއެވެ.

    ޒަރޫރީ ބޭނުންތައް ނުފުދޭނަމަ މި ކަމުގެ ސަބަބުން ނަފްސާނީ ބަލިތަކުން އަރައިގަންނަން އިތުރަށް އުނދަގޫވެއެވެ. ނަފްސާނީ ބަލިތަކަށް އެކަށީގެންވާ ފަރުވާ ނުލިބި، އެހީތެރިކަން ހޯދުމަކީ އުނދަގޫ ކަމެކެވެ.

    މާލީ ދުޅަހެޔޮކަމުގެ ސަބަބުން ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރަނީ ކިހިނެއް؟

    މާލީ ގޮތުން ނުތަނަވަސްކަން ބޮޑުނަމަ އެކަމުގެ އަސަރު ޖިސްމާނީ ދުޅަހެޔޮ ކަމަށް ކުރެއެވެެ. މި ގޮތުން ކުރިމަތި ވެދާނެ ބައެއް މައްސަލަ ތަކުގެ ތެރޭގައި:

    ·       ބޮލުގައި ރިއްސުން ނުވަތަ މައިގްރެއިން

    ·       ދިފާއީ ނިޒާމު ބަލިކަށިވުން

    ·       ލޭގެ ޕްރެޝަރު މައްޗަށް ދިއުން

    ·       ހަޖަމު ކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަތައް

    ·       ހިތުގެ މައްސަލަތައް

    ·       ނިދުމުގެ މައްސަލަ

    އަދި މީގެ އިތުރުން ތަޖުރިބާކާރުން ފާހަގަ ކުރާގޮތުގައި ސިއްހީ މައްސަލަތައް ޖެހުމުގެ ފުރުސަތު ދެގުނައަށް ބޮޑުވެއެވެ. ހަމަ އެހެންމެ މި ކަމުން ދުރުވުމުގެ ނިޔަތުގައި ބައެއް މީހުން މާގިނައިން ކެއުމާއި މަސްތުވާ ތަކެތި ބޭނުންކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނޭދެވޭ އާދަ ތަކަށް އަހުލުވެރިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އަތުން ދާ ފައިސާ އިތުރުވެ މާލީހާލަތު ދަށަށް ދެއެވެ. އަދި ސިއްހަތަށް މީގެ ނޭދެވޭ އަސަރުކުރެއެވެ. 

    މާލީ ދުޅަހެޔޮކަން ރަނގަޅު ކުރާނީ ކިހިނެއް ހެއްޔެވެ؟

    ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރަނގަޅުވާނީ މާލީ ދުޅަހެޔޮކަން ވަރުގަދަ ވުމުންނެވެ. މާލީ ޙާލަތު ރަނގަޅު ކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން މުހިންމެވެ.

    މާލީ ގޮތުން ފުދުންތެރި ދިރިއުޅުމަކަށް އެންމެ ބޭނުންތެރި އެއް ކަމަކީ ފައިސާގެންގުޅެން އިގުމެވެ. މީގެ މާނައަކީ ލިބޭ އާމުދަނީއިން ހަރަދު ބަރަދު ދެކޮޅުޖައްސަން ދަސްކުރުމެވެ. މިގޮތުން ބަޖެޓެއް ހަދާށެވެ. މި ބަޖެޓުގައި ހަގީގަތުގައި ކުރަންޖެހޭ ހަރަދުތައް ކަނޑަ އަޅާށެވެ. އަދި ހަރަދު ވާވަރު ބަލައި ރަނގަޅަށް ބަޖެޓް ޓްރެކް ކުރަން ވާނެއެވެ. ކޮންމެހެން ކުރަން ޖެހެނީ ކޮން ހަރަދު ތަކެއްތޯއާއި ނުކޮށް ދޫކޮއްލެވެން ހުރީ ކޮން ހަރަދު ތަކެއްކަން ނިންމަން ވާނެއެވެ. އަދި ލިބޭ އާމުދަނީ ހަމައެކަނި ހަރަދު ކުރާ އިއްޗަކަށް ނަހަދާ އެއިން އިންވެސްޓްކޮށް ފަހަށް ރައްކާ ކުރާށެވެ.

    އެހީ ހޯދަންޖެހޭ ހާލަތުގައި އެހީއަށް އެދެންޖެހޭ ފަރާތް ތަކުން އެހީއަށް އެދޭށެވެ. މަލީ ދަތިތަކުން އަރައިގަތުމައްޓަކައި ހޯދަން ޖެހޭ އިތުރު ތަމްރީނާ ކުލާސް ތަކުގައި ބައިވެރިވާށެވެ.

    ]]>
    Wed, 22 Feb 2023 16:59:25 +0500 ހީރަސް
    ފިލްމު ޕަތާން: ދުނިޔޭގެ ބޮކްސް އޮފީހުގެ ދެވަނާގައި! https://heerasnews.com/1069 https://heerasnews.com/1069 މާރވެލް ސްޓޫޑިއޯގެ " އެންޓް މޭން އެންޑް ދަ ވަސްޕް" ދުނިޔޭގެ ބޮކްއޮފީހުގެ އެއްވަނާގައި އޮތްއިރު  ބޮލީވުޑްގެ ފިލްމު ޕަތާން ވަނީ 122 މިލިއަން ޑޮލަރުގެ އާމްދަނީއާއެކު ބޮކްސްއޮފީހުގެ ދެވަނައަށް ޖެހިލާފައެވެ.

    ޖެނުއަރީ 25 ގައި ރިލީޒްކުރި ޝާހްގެ ޕަތާން ފިލުމް ބޮކްސް އޮފީހުގެ ދެވަނައަށް އަރާފައިވާއިރު، މިފިލް އަދިވެސް ދަނީ ދުނިޔޭގެ އެކިކަން ކޮޅުތަކުގައި ގިނަ ސްކުރީނު ތަކެއްގައި ހައުސްފުލްކޮށް އަޅުވަމުންނެވެ.

    ޔާޝްރާޖް ފިލްމްސްއިން އުފައްދާފައިވާ އެކްޝަން ތްރިލާ ފިލްމު ޕަތާންގެ އެކްޓަރުންގެ ތެރޭގައި ޝާހުގެ އިތުރުން، އާޝިތޯޝް ރާނާ އާއިއެކު ޑިޕިކާ ޕާޑޫކޯން އަދި ޖޯންއަބްރަހަމް ފެނިގެން ދާނެއެވެ. މިފިލްމް ޑައިރެކްޓް ކޮއްފައިވަނީ 2019 ވަނަ އަހަރުގެ ބުލޮކްބަސްޓަރ ފިލްމު "ވަރ" ގެ ޑަައިރެކްޓަރ ސިދާތް އާނަންދެވެ.

    ފިލްމު ޕަތާންގެ ވާހަކަ ބިނާވެފަ ވަނީ ޕާކިސްތާނުގެ ޖާސޫސް އިދާރާ އައި.އެސް.އައި ގެ އެޖެންޓް ރުބީނާ އާއި އިންޑިޔާގެ ޖާސޫސް އިދާރާ ރޯ ގެ ޕަތާން އާއި ގުޅިގެން ޖިމް ނަމަކަށް ކިޔާ އޭޖެންޓެއްގެ ބަޔޯ ޓެރަރިޒަމްގެ ހަމަލާއެއް ހުއްޓުވުމުގެ މައްޗަައްށެވެ. މިފިލުމުގެ ވާހަކަ ލިޔެފައިވަނީ ޝްރީ ދަރުރާގަވަން އާއި އައްބާސް ޓައިރެވާލާއެވެ.

    ގިނަ ބަޔަކު ދެކޭގޮތުގައި 2018 ވަނަ އަހަރު ނުކުތް "ޒީރޯ" އަށް ފަހު ޝާހުގެ ޕަތާން އަކީ 4 އަހަރަށް ފަހު އޭނާ އަނބުރާ އައުން ކަމުގައިއެވެ. ޕަތާން ރިލީޒް ކޮއްފައިވަނީ އިންޑިއާގެ ރިޕަބްލިކްޑޭ ހަފްތާ ބަންދާ ދިމާކޮއްށެވެ. މި ފިލްމު ރިލީޒްކޮށްފައި ވަނީ  ތަމަޅަ އަދި ޓެލަނގޫ ބަހުން ޑަބް ވާޝަން ތަކާއެކުއެވެ.                 

    ފިލްމަށް އާމުންގެ މިހާބޮޑު ތަރުހީބެއް ލިބުނު އެއްސަބަބަކީ ފިލްމު ޝޫޓިން ނަގާފައިވާ ތަފާތު ތަންނަނޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އެ ގޮތުން އަފްގާނިސްތާން، ސްޕެއިން، ޔޫއޭއީ، ތުރުކީ، ރަޝިޔާ، އީޓަލީ އަދި ފްރާންސްގެ އެކި ހިސާބުތަކުގައި ޝޫޓްކޮށްފައެވެ.

    ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދަމުންދާ މި ފިލުމުވަނީ ދިވެހި ތިއޭޓަރު ތަކުގައިވެސް މިމަހުގެ ތެރޭގައި އަޅުވަން ފަށާފައެވެ. އެގޮތުން މާލެ އަދި ހުޅުމާލޭގެ ޝުވެކް ސިނަމާގައި ވެސް މިފިލްމު ދަނީ އަޅުވަމުންނެވެ.

    ]]>
    Wed, 22 Feb 2023 16:35:10 +0500 ހީރަސް
    އެމްއެމްޕީއާރުސީ ހިޔަނާތަށް ރައީސް ނަޝީދު ވެންނެވުން https://heerasnews.com/1068 https://heerasnews.com/1068

    ރައީސް ޔާމީނުގެ ވެރިކަމެވެ. އޭރުވެސް ސްޕްރީމްކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބައެއް ފަނޑިޔާރުންނާ ރައީސް ނަޝީދު ވަރަށް ހިއްޕުޅާ ނުވެއެވެ. ފަނޑިޔާރުންގެ ބެންޗުން ބޭރުކުރުމަށް ރައީސް ނަޝީދު އެންމެ ބޮޑަށް އޭރު ބޭނުންވެފައި ހުންނެވީ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދެވެ. އެދޭބެފުޅުން ވަކިކުރެވޭނެ އެއްވެސް ގޮތެއް ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްގެން ނޫނީ ރައީސް ނަޝީދަށް ފެނިވަޑައެއް ނުގަތެވެ. އެހެން ކަމުން ސްޕްރީމް ކޯޓުގެ ބެންޗް ހަތަކުން ފަހަކަށް ތިރިކުރަން މަސައްކަތްޕުޅު ފެއްޓެވުމަށް ރައީސް ނަޝީދު ނިންމެވިއެވެ.

    އިދިކޮޅު މައިޕާޓީގެ ގޮތުގައި އެމްޑީޕީ އޮވެގެން އެކަން ކުރެއްވުމަކީ އެހާ ފަސޭހަފުޅު ކަމަކަށް ނުވިއަސް އެމްޑީޕީ ޕީޖީ ގްރޫޕް މެދުވެރިކޮށް އެކަން ކުރެއްވޭތޯ މަސައްކަތްޕުޅު ފެއްޓެވިއެވެ. ސްޕްރީމް ކޯޓުގެ ބެންޗް ކުޑަކުރާ އިސްލާހު އެމްޑިޕީގެ ޕީޖީ ގްރޫޕް މެންބަރ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް ) ލައްވާ މަޖިލީހަށް ހުށަހެޅުވިއެވެ.

    އޭރު ރައްޔިތުންގެ މަޖިލީހުން ކަމެއް ބަދަލުކޮށްވޭވަރުގެ މެޖޯރިޓީއެއް އެމްޑީޕީއަކު ނެތެވެ. އެހެންކަމުން އެ އިސްލާހު ގެންނަން ކުރި މަސައްކަތް ވައިގާ ހިފާ ގޮތެއް ނުވިއެވެ. އެންމެ ފަހުން އެ އިސްލާހު އަނބުރާ ނެގުމަށް މަވޯޓާ ޝަރީފް ނިންމެވިއެވެ. އެ ވަގުތަކީ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލު ތަކެއް ގެނައުމަށް ރައީސް ޔާމީނު ވެސް ބޭނުންފުޅުވެފައި ހުންނެވި ދަނޑިވަޅެކެވެ. ރައީސް ޔާމީނު ގާނޫނު އަސާސީއަށް ގެންނަން ބޭނުންވެ ވަޑައިގެން ބަދަލުތައް ގެނެވޭ ވަރުގެ އަގުލަބިއްޔަތެއް ރައީސް ޔާމީނަކަށް ވެސް މަޖިލީހުގައި ނެތެވެ. ދަނޑިވަޅު ބައްލަވާ ރައީސް ޔާމީނު ހިޔާރު ކުރެއްވީ ރައިސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަންކަން ކޮއްދެއްވައިގެން ރައީސް ޔާމީނު ބޭނުންފުޅުވި ބަދަލުތައް ގާނޫނުއަސާސީއަށް ގެނައުމަށެވެ.

    ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ރައީސް ޔާމީނު ވެސް ބޭނުންފުޅު ނުވާ ބައެއް ފަނޑިޔާރުން ތިއްބެވުމުން ސްޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުމަކީ ދެ ރައީސުންނަށް ވެސް އެއްބަސްވެ ވަޑައިގެންނެވޭ ކަމަކަށްވިއެވެ. ސްޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުމަށް އެމްޑީޕީން މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހު އަނބުރާ ނެގުން ރައީސް ޔާމީނުގެ އެދިވަޑައިގަތުމަށް ރައީސް ނަޝީދު ހުއްޓުވިއެވެ. ރައީސް ޔާމީނު ވެސް ހުންނެވީ އެ މަނިކުފާނު ބޭރު ކުރައްވަން ބޭނުންފުޅުވެ ވަޑައިގެން ދެ ފަނޑިޔާރަކު ބޭރު ކުރެއްވުމަށް އިންތިހާއަށް ބޭނުން ފުޅުވެފައެވެ. އަނެއް ކޮޅުން ގާނޫނު އަސާސީއަށް ރައީސް ޔާމީނު ގެންނަވަން ބޭނުންފުޅުވި އިސްލާހުތައް ގެނައުމަށް އެމްޑީޕީގެ ތާއީދު ހޯއްދެވުމަށް ހުޅުވާލެވޭ ދޮރަކަށް ސްޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުން ރައީސް ޔާމީނު ހެއްދެވިއެވެ.

    ރައީސް ޔާމީނު އެމްޑީޕީގެ ތާއީދު ބޭނުންފުޅުވި ކަންކަން:

    1. އަހުމަދު އަދީބު ރައީސުލްޖުމްހުރިއްޔާގެ ނައިބުކަމަށް އައްޔަނު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު ކަމުގެ މަގާމުގެ ޝަރުތުގެ އުމުރު 30 އަހަރަށް ދަށްކުރުން
    2. އޮނަރަބަލް ގާސިމް އިބްރާހީމަށް ރައީސުލްޖުމްހުރިއްޔާގެ މަގާމަށް ކުރިމަތި ނުލެއްވޭނެހެން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ އެންމެ ދޮށީ އުމުރު 65 އަހަރު ކަމުގައި ކަނޑައެޅުން.
    3. ފާފު އަތޮޅު ވިއްކުމަށްޓަކާ ބޭރު މީހުނަށް ބިންކޭ ގޮތަށް ގާނޫނު ބަދަލު ކުރުން
    4. ސްޕްރީމް ކޯޓުގެ ބެންޗުން އަލްއުސްތާޒު އަހުމަދު ފާއިޒާއި އަލްއުސްތާޒް މުއުތަސިމް އަދުނާނު ވަކިކުރުން.

    ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކި ކުރުމަކީ މަޖިލީހުގެ ކުޑަ މެޖޯރިޓީ އަކުން ކުރެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ. ރައީސް ޔާމީނު ބޭނުންފުޅު ވިޔަސް އެކަން ކުރެއްވޭ ވަރުގެ މެޖޯރިޓީއެއް ރައީސް ޔާމީނަކަށް މަޖިލީހަކު ނެތެވެ. ނަތީޖާއެއްގެ ގޮތުން އެކަން ކުރެއްވުމަށްޓަކާ ރައީސް ޔާމީނަށް ފެނިވަޑައިގެން އެންމެ މޮޅުގޮތަކީ ރައީސް ނަޝީދާއެކު ޑީލް ހެއްދެވުމެ. 

    ދެ ރައީސުންގެ ޑީލްގެ ދަށުން އެއްބަސް ވެވުނު ކަންކަން:

    • ސްޕްރީމް ކޯޓުގެ ބެންޗް ކުޑަ ކުރުމަށްދޭ ވޯޓުގެ އަގެއްގެ ގޮތުގައި 88 މިލިޔަން ޑޮލަރ އެމްޑީޕީ މަޖިލިސް މެންބަރުންނަށް ދިނުން
    • ބެންޗް ކުޑަ ކުރުމުގެ އިސްލާހު ހުށަހެޅުއްވި މެންބަރު އިބްރާހީމް ޝަރީފު މެދުވެރިކޮށް މެންބަރުންނަށް ދޭ 88 މިލިޔަން ޑޮލަރު ބެހުން
    • އިސްލާހާ ދެކޮޅަށް ތްރީލައިން ވިޕެއް ނުނެރި ވޯޓު ދިނުމުގައި އެމްޑީޕީ ފްރީލައިން ވިޕެއް ނެރުން
    • ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައިގަންނަވާ ދެ ފަޑިޔާރެއް ބެންޗުން ބޭރު ކުރުމަށް ރައީސް ނަޝީދު އިއުތިރާޒު ނުކުރެއްވުން.
    • ކުރިއަށް އޮތްތާ މަޖިލސްގެ ތެރެއިން ނިންމަން ޖެހޭ ކަންކަން ޔާމީނު އެދިވަޑައިގަންނަވާ ގޮތަކަށް ނިންމަން ދަތިވާ މައްސަލަތަކުގައި އެކަމަކަށް އެއްބަސްވެވޭ އަގެއް ދިނުމުން ވޯޓުލުމުގައި އެމްޑީޕީން ތާއީދުކޮށް ފްރީލައިން ވިޕެއް ނެރެ އެ މެންބަރަކަށް ފެންނަ ގޮތަކަށް ވޯޓު ދޭން ފުރުސަތު ދިނުން.
    • ރައީސް ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ހުކުމް ތަންފީޒު ކުރަން ރާއްޖޭގައި ނުބަހައްޓަވާ ރާއްޖޭން ބޭރަށް ފުރުވާ ލެއްވުމާއި 2018 ގެ ރިޔާސީ އިންތިހާބު ރަޢީސް ޔާމީނަށް ކާމިޔާބު ވެއްޖެނަމަ ރައީސް ނަޝީދު މިނިވަން ކޮށްދެއްވުން.
    • 2023 ގެ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަށް ދައުލަތް ހިންގުން ބަދަލު ކުރުން

    ދެރައީސުންގެ ޑީލުގެ ނަތީޖާ:

    • ސްޕްރީމް ކޯޓުގައި އޭރު ތިއްބެވި އެންމެ އިތުބާރު ހުރި 2 ފަނޑިޔާރުން ކަމަށް ބެލެވޭ އަހުމަދު ފާއިޒާއި މުއުތަސިމް އަދުނާނު ފަނޑިޔާރު ކަމުން ދުރުކުރުން.
    • ރައީސް ކަމާއި ނައިބުރައީސްކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރާ އެންމެ ދޮށީ އުމުރު ޔާމީނު ބޭނުންފުޅުވި ގޮތަށް ކަނޑައެޅިގެން ދިޔުން.
    • އަހުމަދު އަދީބު ނައިބު ރައީސްކަމަށް އައްޔަނު ކުރެވިގެން ދިޔުން
    • ގާސިމް އިބްރާހީމަށް ރައީސް ކަމަށް ކުރިމަތި ލެއްވުމުގެ މަގު ބަންދު ކުރުން.
    • ފާފު އަތޮޅު ވިއްކާ ލެވޭނެހެން ބިން ވިއްކުމުގެ އިސްލާހު ފާސްވެގެން ދިޔުން
    • ޔާމީނުގެ ރިޝްވަތުގެ މަޅީގައި އެމްޑީޕީގެ ލީޑަރޝިޕާއި ޕީޖީ ގްރޫޕް ތަކުރާރުކޮށް ޖެހި އެމްޑީޕީގެ ޑިމޮކްރެޓިކް ވެލިއުސް ގެއްލި ވައްކަމުގެ އިނގިލި ދިއްކުރުމުގެ ދޮރު ހުޅުވުން.
    • ރައީސް ނަޝީދާއި އެމްޑީޕީ އިސް ސަފުގާ ތިއްބެވި އެތައް ބަޔަކަށް އެމްއެމްޕީއާރުސީ ހިޔާނާތުން ގިނަ އަދެއްގެ ފައިސާ ލިބުން 
    • ރައީސް ނަޝީދު ޖަލުން ވީއްލި ބޭރަށް ފުރާ ވަޑައިގަނެވޭނެ ގޮތް ހަމަޖެހިގެން ދިޔުން.
    • އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގުތަކާއި ޝަރީއަަތް ތަކަށް ހިޔަނި އެޅުން.

    ]]>
    Wed, 22 Feb 2023 15:10:15 +0500 ހީރަސް
    އެސްޓީއޯ ރޯދަ މާރޓް https://heerasnews.com/1067 https://heerasnews.com/1067 ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ފިހާރައެއް ހުޅުވުމަށް ނިންމައިފިއެވެ. ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ހުޅުވާ ފިހާރަ ހުންނާނީ ދެވަނަ ފިޔަވަހީ ވިނަރެސް ފްލެޓުގައެވެ. 

    ރޯދަ މަސް ފެށުމުގެ ކުރިން އެސްޓީއޯ ރޯދަ މާޓް ހުޅުމާލެ ފޭސް 2 ގައި ހުުޅުވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އެބަދެއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ހެޔޮ އަގުގައި ތަކެތި ނުލިބުމުގެ ޝަކުވާތަކަށް އެފިހާރަ ހުޅުވުމުން ނިމުން އަންނާނެއެވެ. އެސްޓީއޯ އިން ދެވަނަ ފިޔަވަހީގެ ހުޅުވާ މި ފިހާރައަކީ ރޯދަމަހާއި ދިމާކޮށް ތަކެތީގެ އަގު ކޮންޓްރޯލްކޮށް ހިފެހެއްޓުމަށާއި ހުޅުމާލޭގައި މި ވަގުތު ހުރި އެސްޓީއޯ ފިހާރަ ބަނދުވުމާއި ގުޅިގެން ހުޅުވާ ފިހާރައެކެވެ. 

    އަންނަ މާރޗް މަހުގެ ނިމުމަކާ ހަމާގައި އެ ފިހާރަ ހުޅުވިގެން ދާނޭ ކަމަށް އުންމީދު ކުރެވެއެވެ. ހުޅުމާލެ ފޭސް 2 ގައި ހުުޅުވާ އެސްޓީއޯ ރޯދަ މާޓްއިން ރީޓެއިލް ހިދުމަތާއި ހޯލްސޭލް ހިދުމަތް ވެސް ލިބެން ހުންނާނެއެވެ. އެސްޓީއޯއިން އާންމުކޮށް އެތެރެކުރެވޭ ބާވަތްތަކާއި ރޯދަމަހަށް ހާއްސަކޮށްގެން އެތެރެ ކުރެވޭ ފިޔާ، އަލުވި، ބިސް ފަދަ އައިޓަމްތައް ލިބޭނެ އިންތިޒާމް އެސްޓީއޯ ރޯދަ މާޓްގައި ހަމަޖެހިފާ ހުންނާނެއެވެ. 

    ]]>
    Tue, 21 Feb 2023 13:40:22 +0500 ހީރަސް
    ސްޓެލްކޯއިން ހަންޏާމީދޫގައި ފެނުގެ ހިދުމަތް ދޭންފެށުން https://heerasnews.com/1066 https://heerasnews.com/1066 ރައީސް ސާލިހުގެ ހެޔޮވެރި ކަމުގައި އަސާސީ ހިދުމަތް ގާއިމުކުރުމުގައި ވަކިރަށެއް ތަފާތު ނުކުރުމުގެ ހަމަހަމަ ޕްރޮގްރާމްގެ ދަށުން އދ. ހަންޏާމީދޫއަށް ފެނުގެ ހިދުމަތް ރަސްމީކޮށް އިއްޔެ ދޭން ފަށައިފިއެވެ. މި މަސައްކަތަކީ ސަރުކާރުން ސްޓެލްކޯއާއި 2021 ވަނަ އަހަރުގެ މާޗް މަހު ހަވާލުކުރި މަސައްކަތެކެވެ.

    ހަންޏާމީދޫގެ ފެނުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމެވެ.  އެކަމަށްޓަކާ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

    ފެނުގެ ހިދުމަތަށް އެދިފައިވާ ހަންޏާމީދޫގެ ހުރިހާ ގޭބީސީއަކާއި ވިޔަފާރިއަކަށް ފެނުގެ ހިދުމަތް ބަރާބަރަށް މިހާރު ލިބެން ވަނީ ފަށާފައެވެ. ހަންޏާމީދޫގައި މިވަގުތު ހިދުމަތްދެނީ ޖުމުލަ 170 ކަނެކްޝަނަކަށެވެ. ހަންޏާމީދުއަށް ފެނުގެ ހިދުމަތް ދެނީ ސްޓެލްކޯއިންނެވެ. މިހާރު ފެނުގެ ހިދުމަތަށް އެދިފައިވާ ފަރާތްތަކަށާއި މި މަހުގެ ނިޔަލަށް ފެނުގެ ހިދުމަތަށް އެދޭ ފަރާތްތަކަށް ސްޓެލްކޯއިން އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ވަނީ ނިންމާފައެވެ.

    ]]>
    Tue, 21 Feb 2023 12:09:42 +0500 ހީރަސް
    ސިޔާސީ ވަޒީފާ ދެނީ ރައީސަށް ހަރާން ކޯރުވާކަށް ނޫން https://heerasnews.com/1065 https://heerasnews.com/1065 އެމްޑީޕީ ސްލޮޓްކުގައި ވަޒީފާތައް އަދާކުރާ ބޭފުޅުން ތިއްބެވި ވަޒީފާތަކީ އެމްޑީޕީ މެމްބަރުން ދިން ވަޒީފާތަކެއް ނުނޭ ބުނީ ކާކު ހެއްޔެވެ. ޕެޕަސްޕްރޭ ޖެހުނުހާ އެމްޑީޕީ މީހުނަށް ވަޒީފާ ނުދޭނަމޭ ގޮވީ ކާކު ހެއްޔެވެ. ހަމަ ގައިމު ރައީސް ސާލިހެއް ނޫނެވެ.

    ސަރުކާރުގެ ސިޔާސީ ވަޒީފާ ތަކަކީ އީވާއާއި އަންނިމެން ގޭ ބަދިގޭގެ އުނދުނު ފުއްޑަނުން އުފެދުނު ވަޒީފާތަކެއް ނޫނެވެ. ސިޔާސީ މަގާމު ތަކަށް މީހުން ލުމާ ވަކިކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނޫ އަސާސީން ދީފައެވެ. އެ މަގާމު ތަކުގައި ތިބެން ޖެހޭނީ ސަރުކާރުގެ ސިޔާސަތަށް އިހުތިރާމްކުރާ އެސިޔާސަތުތައް ދިފާއުކޮށް ތަންފީޒު ކުރާ ރައީސަށް ވަފާތެރި ބައެކެވެ.

    ވެރިކަން ހިންގާ ކޯލިޝަން ޕާޓްނަރަކަށް ވީތީ ސަރުކާރުގައި ބައިވެރިވާ ޕާޓީ ތަކަށް ސިޔާސީ ސްލޮޓް ތަކެއް ލިބުމަކީ އެ ސްލޮޓް ތަކުގައި މަގާމް ލިބޭ ބަޔަކު ރައީސުލްޖުމްހޫރިއްޔާއަށް ހަރާން ކޯރުވުމަށް ދޭ ފުރުސަތެއް ނޫނެވެ. އެގޮތުން އެމްޑީޕީ ސްލޮޓްގައި ބަޔަކަށް ވަޒީފާ ދިނުމަށް ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީގެ ރައީސަށް ދިން ދިނުމަކީ ސަރުކާރު ވާގިނައްތާލަން ވައިރަސް ތަކެއް ސަރުކާރު ތެރެއަށް ވަންދަން ރައީސް ނަޝީދަށް ރައީސުލްޖުމްހޫރިއްޔާ ދިން ފުރުސަތެއް ނޫނެވެ.

    ސަރުކާރުން ފުރުސަތު ލިބުނު ފަނިފަކުސައާއި އީވާމެނަށް ނޭނގުނު ކަމަކީ އެމްޑީޕީގެ އިސްލީޑަރަކީވެސް ރައީސް ސާލިހުކަމެވެ. އެމްޑީޕީގެ ހުރިހާ ގުނަނެއްގެ މެޖޯރިޓީ އޮތީ ރައީސް ސާލިހާ އެކުގައި ކަމެވެ. ޕާޓީގެ ހައިސިއްޔަތުން ވިޔަސް ގައުމީ ހައިސިއްޔަތުން ވިޔަސް ސަރުކާރުގެ ސިޔާސީ ވަޒީފާ ތަކުގައި ތިބި އެންމެން ބޯލަނބާ ކިޔަމަން ވާން ޖެހެނީ ރައީސް ސޯލިހަށް ކަމެވެ.

    އެމްޑީޕީގެ ސްލޮޓްގައި ވަޒީފާ ލިބިފައި ތިބީތީ އެމްޑީޕީގެ އިސްލީޑަރަށް ވަފާތެރިނުވެ އިހުލާސްތެރި ނުވެ އެމްޑީޕީގެ ރައީސަށް ވެސް ބޯލަނބާކަށް ނުޖެހެއެވެ. އަމްދުން އިދިކޮޅަށްވުރެ އިދިކޮޅު އީވާމެނަށް ބޯލަބަން ޖެހޭ ސަބަބެއް ނޯންނާނެއެވެ.

    އެތެރޭގެ ފިއްތުންތައް އިންތިހާއަށް އޮތް އިރުވެސް ފާހަގަ ކޮށްލެވޭ ރަނގަޅު ސިފަތަކެއް ރައީސް ސާލިހުގެ ފަރާތްޕުޅުން ފެނެއެވެ. ކެތްތެރި ކަމެވެ. ބަދަލު ނުހިއްޕެވުމެވެ. ޖަދަލު ނުކުރެއްވުމެވެ. އަނެއްކޮޅުން ރައީސް ސާލިހުގެ ކުޅަދާނަފުޅު ކަމަކީ ޖާސޫސުންނާއި ހަސަދަވެރިންނާއި ވާދަވެރިންނާއެކު ތައައްސުބެއް ނެތި ބާކީ ނުކޮށް މަގާމުން ވަކިނުކޮށް އެކުގައި ދައުރެއް ނިންމާލައްވާ ކަމެވެ. 

    ]]>
    Tue, 21 Feb 2023 01:21:16 +0500 ހީރަސް
    އީވާމެންގެ ދުވަސް އެމްޑީޕީގައި މާޒީވެ ހިނގައްޖެ! https://heerasnews.com/1064 https://heerasnews.com/1064 ސަރުކާރަށް ހަތަރު އަހަރު ނިމިގެން ދިޔައިރު އެއްވެސް ކަމެއް ހާސިލް ކުރެވިފައި ވާތަނެއް އީވާއަކަށް ނުފެންނާނެއެވެ. އީވާ އަނދިރި ނޫންނިއްޔާ ސަރުކާރުން މިހާރު މިކުރެވޭ ހެޔޮވެރިކަން ފެންނާނެއެވެ. ދިމާލަށް ފެންނަން ހުރި ރަނަގަޅު ކަންކަން ނުފެންނާނީ އަނދިރި ވީމައެވެ. އީވާއަށް އަބަދުހެން ފެންނަނީ ނުހިނގާ ނުބައި ކަންކަމެވެ. ހިނގާ ރަނގަޅު އެއްވެސް ކަމެއް ނުފެނެއެވެ. އީވާގެ ލޮލުން ބެލީމާ އަންނި ނޫން މީހަކަށް ހެޔޮކޮށް ކަމެއް ކުރެވޭތީއެއް ނުފެންނާނެއެވެ. 

    ރައީސުލްޖުމްހޫރިއްޔާ އޭނާގެ ވާޖިބުތައް އަދާ ކުރުމަށް އިސްކުރާ ސިޔާސީ ވެރިން ވެސް ވާންޖެހެނީ އީވާ ބުނާ ބަޔަކަށެވެ. އެމީހުން ކުރާން ޖެހެނީވެސް އިވާމެން ބުނާ ކަންކަން އީވާމެން ބުނާ ގޮތަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ވާންޖެހެނީ އީވާމެންގެ ގޮނޑިކޮއްކޮ އަކަށެވެ. އީވާމެން ބުނާ ގޮތުން ހީވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ރައީސް ސާލިހު ހޮވާފައި އެހުރީ އީވާމެން އެކަނި ވޯޓު ދީގެންހެނެވެ. ނުފޫޒު ފޯރުވަން އުޅުނަސް ބޮޑުވަރެވެ.

    ރައީސް ސާލިހަކީ އެމްޑީޕީގެ ޓިކެޓްގައި ރައީސް ކަމަށް އިސްވެ ހުންނެވި ބޭފުޅެކެވެ. އެމްޑީޕީއާއި އެނޫން އެތައް ބަޔަކު ވޯޓު ދީގެންނެވެ. ރައީސް ސާލިހު ސަރުކާރުގެ މައި ޕާޓީއަކީ އެމްޑީޕީކަން އެކަކަށްވެސް ނޯޅެއެވެ. ހޮދު ރައީސް ސަރުކާރު ހިންގަވަނީ އެމްޑީޕީގެ މަސްލަހަތުތައް ހިފަހައްޓަވައިގެން އެ ގޮތުގެ މަތީންނެވެ.

    ހަމަ ތެދެކެވެ. ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ހިންގަނީ އަސާސީ ގަވައިދަކާއި ކޮންގްރަސްއިން ކަނޑައަޅާ ގޮތަކަށް ގައުމީ މަޖިލީހުގެ ނިންމުންތަކާއެއް އެއްގޮތަށެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރަނީ ޕާލަމެންޓްރީ ގްރޫޕެވެ. އެ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ސަރުކާރާ އެކުއެވެ. ސަރުކާރު އެމްޑީޕީ ވާނީ މިހާކަށް ވަރަށެވެ.

    ރައީސް ސާލިހު ސަރުކާރު ހިންގަވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ލަފަޔާ އިރުޝާދާއެކު ގައުމީ މަޖިލީހުގެ ނިންމުތަކާއި ޕާލަމެންޓްރީ ގްރޫޕްގެ ތާއީދާއި އެއްބާރުލުން ލިބިގެންނެވެ. އަމްދުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ ހިލާފަށް އެމްޑީޕީގެ ނަމުގައި ސަރުކާރުން އެއްވެސް ކަމެއް ނުހިންގައެވެ. އެނޫން ގޮތަކަށް އެމްޑީޕީގެ އެއްވެސް ކަމެއް އަދި ސަރުކާރުގެ ކަމެއްވެސް މިހާރަކު ނުހިނގައެވެ. ހިންގާކަށް ނުވެސް ޖެހެއެވެ. އެމްޑީޕީގެ ކަންކަން ހިނގަނީ މެޖޯރިޓީ އޮތް ގޮތަކަށެވެ. އަންނިއާއި އީވާއާއި އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅޭ ބައިގަޑެއް ރުހޭހާ ގޮތަކަށް ނޫނެވެ. 

    އިވާ ވިޔަސް އަންނި ވިޔަސް އެމްޑީޕީގެ މެޖޯރިޓީއަށް ޖެހޭނީ ތަބަވާށެވެ. ހޮދު މުހުތާރު ނުފޫޒެއް ޑިމޮކްރެޓިކް ވެއްޓެއްގައި އީވާ މެންނަކަށް ވެސް އަބަދަކު ނުހިންގޭނެއެވެ. ނުފޫޒާ ބާރުން ކަންކަން ކުރައްވަނީ ރައީސް ސާލިހެއް ނޫނެވެ. ނުފޫޒާ ބާރުން ކަންކަން ކުރަން ބޭނުންވެ ނުކުރެވިގެން ތިޔަ އުޅެނީ އީވާމެނަށެވެ. އެ ދުވަސް އެމްޑީޕީގައި މާޒީވެ ހިނގައްޖެއެވެ. އީވާމެންގެ ގޮށްމުށުގެ ވަކިތަކުން އެމްޑީޕީ މިހާރު އޮތީ މިނިވަންވެ މެޖޯރިޓީގެ ބާރުވެރިކަމުގެ ދަށަށް ގޮސްފައެވެ.

    ފިސާރި ތެދެކެވެ. ސަރުކާރަށް ނިސްބަތްކޮށް ފަސާދައާއި ކޮރަޕްޝަންގެ ވާހަކަ އީވާމެން ނުދައްކާށެވެ. ސަރުކާރަށް އިނގިލި ދިއްކުރާ ކޮންމެ ފަސާދައަކާއި ކޮރަޕްޝަނެއްގެ ފަހަތުގައި އިވާމެންގެ ބައިވެރިވުން އޮތްވަރު ދާދި އަވަހަށް ފެންނާނެއެވެ. ވަގުހަންލައިގެން އަބަދަކު ނޫޅެވޭނެއެވެ. ފަރިތަ ދުލެއް އޮތުމުން ތިބިއްޔާ ތިބި ބަޔަކު ބަދުނާމުކޮށް ވަގުމަތި އަޅުވާ ހެދުނު ދުވަސް މިދަނީ މާޒީ ވަމުންނެވެ. ތިމަ ތިމާމެން ކުޅަހާ ކަންކަމާއި ހިންގިހާ ޖަރީމާ ރައްޔިތުންނަށް ތިލަވެ ހަގީގަތް ހާމަވުމުން ވެސް ލަދެއް ހަޔާތެއް ނުހުންނާނެކަން އެނގެއެވެ.

    ]]>
    Mon, 20 Feb 2023 21:49:00 +0500 ހީރަސް
    ޔާމީނަށް ބައިނާޅާ ތިޔަހެނެއް ނުވިއްކޭނެ! https://heerasnews.com/1063 https://heerasnews.com/1063 ދުނިޔޭގެ ފެންވަރުގައި އިންޑަސްޓްރިއަލް މަސައްކަތް ތަކަށް ރާއްޖެ ހުޅުވާލުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާވެ ރާއްޖެ ކުރިއަރާ ދާނެ ކަމެކެވެ. ގައުމުތައް ތަރައްގީ ވެގެން ގޮސްފައި ވަނީ ދުނިޔެއަށް ހުޅުވާލައިގެން އެ ގައުމެއްގައި ނެތް ގާބިލުކަން ބޭރުން އެތެރެ ކޮށްގެންނެވެ. ބޭރަށް ރާއްޖެ ހުޅުވާނުލާ ފާލުން ބޮނބި ފާކޮށްގެން ބޮނބި ތަޅާލަ ތަޅާލާ ތިބި ނަމަ އަދިވެސް ދިވެހިން ތިބީހީ އެހެނެވެ. 

    ޓޫރިޒަމް ނޫން އެހެން ސިނާއަތް ތަކަށް ރާއްޖެ ހުޅުވުމުގެ މުހިންމުކަން ކޮވިޑް19 އިން ތަޖުރިބާ ކުރެވިއްޖެއެވެ. އެހެން ކަމުން އިންޑަސްޓްރިއަލް މަސައްކަތްތައް ރާއްޖޭގައި ކުރުމަށް ސަރުކާރުން ބޭނުމެވެ. އިންޑަސްޓްރިއަލް މަސައްކަތް ހިންގުމަށް ބޭނުންވާ ދިވެހިންނަށް އެ ފުރުސަތު ތިލަފުށިން އޮތީ ހުޅުވިފައެވެ. ދިވެހިންނަށް ހާއްސަކޮށްގެން ދެފުށް ފެންނަ ގޮތަށް ބިޑް އުސޫލުން ބިންތަކެއް ތިލަފުށިން ދޫކުރަން މި ސަރުކާރުން މިހާރު ހަމަޖައްސައިފިއެވެ. ދިވެހިންނަށް ހުޅުވާލެވުނު ފުރުސަތާއެކު ދުނިޔޭގެ ފެންވަރުގައި އިންޑަސްޓްރިއަލް މަސައްކަތް ކުރަން ޝައުގުވެރި ބޭރުގެ ފަރާތް ތަކަށް ހާއްސަކޮށްގެން ބިން ތަކެއް ދޫކުރަން ވަނީ ހަމަޖައްސާފައެވެ. އޯޕަން ބިޑް އުސޫލުންނެވެ. ގާބިލު ފަރާތްތައް ބަލާ ދައުލަތަށް އެންމެ ނަފާވެރި ގޮތަކަށް އިސްކަން ދީގެނެވެ. ގޮތް ނޭނގޭ ކަރުދާހު ކުންފުޏަކަށް ބިޑެއް ކާމިޔާބު ނުކުރެވޭ ގޮތަށް ރަނގަޅަށް ބަލާ މޮނިޓަރ ކުރެވޭ ނިޒާމެއްގެ ދަށުންނެވެ. ގާނޫނީ ހަމަތަކަށް ފައްތައިގެންނެވެ. 

    ރާއްޖޭގެ ކުރިމަގަށް އެއްވެސް ކަމެއް ރަނގަޅަށް ކުރިޔަ ނުދިނުމަކީ ބަޅުރުކު އަހުލުވެރިން މާ ކުރާ ހިތްވާ ކަމެކެވެ. ޔާމީނު ވެރިކަމުގައި ނެތިއްޔާ އެކަކު އެއްކަމެއްވެސް ކޮށްގެން ނުވާ ކަހަލައެވެ. އެހެން ކަމުން ގާނޫނީ ހަމަތަކުގެ މަތިން ރާއްޖެއަށް އެންމެ ނަފާވެރި ގޮތަށް ތިލަފުށީ އިންޑަސްޓްރިއަލް ޒޯނުން ބޭރު ކުންފުނި ތަކަށް ބިން ދޫކުރާން އުޅޭތީ އެކަމާ ދެކޮޅަށް ބަޅުރުއް ތެދުވެއްޖެއެވެ. ތިޔަހެނެއް ނުވިއްކޭނެއޭ ގޮވަމުންނެވެ. 

    އާނއެކެވެ. ދެފުށް ފެންނަ އޯޕަން ބިޑަކުން އެއްވެސް ބަޔަކަށް ހަލާލުގޮތުގައި އެއްޗެއް ލިބެންޏާ ބަޅުރުއް ޕާޓީ ކުދިން ދެރަވާނެއެވެ. ޔާމީނަށް ހަލާލު ހުކުމެއް އަޔަތީވެސް ބަޅުރުއް އެއުޅެނީ އެކަމާ އަމަށަކު މޮޅިއަކުން ނޫނެވެ. އަމްދުން ބިމެއް ބަޔަކަށް ދޫކުރަންޏާ ޔާމީނަށް ބައިނާޅައިގެން އެވެރިންނަށް ވަރަށް އަސަރު ކުރާނެއެވެ. ޔާމީނަށް ބައިނާޅާ ތިޔަހެނެއް ނުވިއްކޭނެ ކަމަށް ގޮވާނެއެވެ. ވިއްކިޔަކަވެސް ނުދޭނެއެވެ. ކޮންމެ ބިމެއް ނަގާ ބަޔަކުވެސް ޔާމީނުގެ އެކައުންޓަށް މަދުވެގެން މިލިޔަން ޑޮލަރު ޖަމާނުކުރާ ގޮތަކަށް ރާއްޖޭން ބިމެއް ބަޔަކަށް ދީގެނެއް ނުވާނެއެވެ. ޔާމީނަށް ބައިނާޅަންޏާ ބަޅުރުއް ތެދުވާނެއެވެ. ގައުމާ ވަޒަނަށްޓަކައެވެ. އެމްއެމްޕީއާރުސީން ދޫކުރިހާ ރަށްރަށް ނެގިހާ މީހުން ޔާމީނުގެ އެކައުންޓަށް މިލިޔަނުން ޑޮލަރު ޖަމާ ކުރިހެން ތިލަފުށީ ބިންތަކުން ވެސް ޔާމީނަށް ބައި ނާޅާ ދޫކުރާކަށް ލާހިކެއް ނޫނެވެ. 

    ]]>
    Mon, 20 Feb 2023 17:42:03 +0500 ހީރަސް
    އައްސޭރި ޖަލުގެ ކަރަންޓަށް ދާއިމީ ހައްލެއް https://heerasnews.com/1062 https://heerasnews.com/1062 ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ކޮށްފިއެވެ. ޖަލަށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން ވަނީ އައު ޕެނަލްއެއް ބަހައްޓާފައެވެ.

    ބެހެއްޓި އައު ޕެނަލް މެދުވެރިކޮށް މިހާރު ވަނީ ކަރަންޓު ފޯރުކޮށްދޭން ފަށަފައެވެ.

    ހިންމަފުށީ އައްސޭރި ޖަލުގައި އެތަނަށް އެކަށީގެންވާ ޕެނަލެއް ބަހައްޓާ އެ ޕެނަލް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދެވެން ފެށުމުން ޖަލަށް ދިމާވާ ކަރަންޓް މައްސަލައަށް މިވަނީ ދާއިމީ ހައްލެއް ސްޓެލްކޯއިން ހޯދާ ދީފައެވެ.

    ]]>
    Mon, 20 Feb 2023 15:32:48 +0500 ހީރަސް
    އިސް މީހުނަށް ނުދައްކާ ބިރެއް މުއައްޒަފަކަށް ނުދައްކާނެ! https://heerasnews.com/1061 https://heerasnews.com/1061 ވަޒީފާގެ ބިރު މި ސަރުކާރުން ދައްކާ ކަމަށް ބުނެ މެންބަރު ފިރުޝާން ވާހަކަ ދެއްކާއިރު ހޮދު އޭނާވެސް އެ ވާހަކަ ގަބޫލެއް ނުކުރާނެއެވެ. ފިކުރެއްގެ ދިރުމަށް ތާއީދުކުރާ އާދައިގެ ދެރަވަރު މުއައްޒަފުންނަށް ބިރު ދެއްކުމަށްވުރެ އެފިކުރު އުފައްދާ ހިންގާ އިސްމީހުނަށް ފިޔަވަޅު އަޅަން ފުރުސަތު އޮވެ އެކަން ނުކުރާ ސަރުކާރަކުން އާދައިގެ މުއައްޒަފުންނަށް އެ ޒާތުގެ ބިރުދެއްކުމެއް ދައްކަފާނެ ކަމަށް ހަމަބުއްދި ހުރި މީހަކު ގަބޫލެއް ނުކުރާނެއެވެ.

    ފިކުރެއްގެ ދިރުމުގެ މައި މުގުލަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ފިކުރެއްގެ ދިރުމާ ދެކޮޅަށެވެ. ފިކުރެއްގެ ދިރުމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަޖިލިސްގެ ރައީސް ކަމުން ރައީސް ނަޝީދު ބޭރުކޮށްލުމަކީ މި ސަރުކާރަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއެވެ. މަޖިލީހުގެ ރައީސްއާއި ނައިބުރައީސް ފަސޭހަކަމާއެކު ބަދަލުކޮށްލެވެން އޮވެ އެކަންނުކޮށް އެ އޮތީ ތަފާތު ފިކުރަށް މި ސަރުކާރުން ޖާގަ ދޭތީއެވެ. ކުރެވެން ނެތިގެނެއް ނޫނެވެ. 

    ރައީސް އޮފީހުގެ މިނިސްޓަރުންނާއި ބައެއް ސްޓޭޓް މިނިސްޓަރުންނާއި ސިޔާސީ މަގާމު ތަކަށް އައްޔަނުކޮށްފައި ތިބި އެތައް ބަޔަކު ރައީސް ސާލިހާ ދެކޮޅަށް ފާޅުގާ ފާޑުކިޔާ ފިކުރެއްގެ ދިރުމަށް ތާއީދުކޮށް އެ ފިކުރު ދިރުވަން ހޭކަނޑާލާފައި އެބައުޅެއެވެ. ރައީސް އައްޔަނު ކުރައްވާފައިވާ ސިޔާސީ މަގާމު ތަކުގައި ތިބެއެވެ. 

    ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ޗެއަރމަނުންނާއި މެނޭޖިންގ ޑިރެކްޓަރުންނާއި ބޯޑް މެންބަރުން ވެސް ރައީސްގެ ސިޔާސަތަށް ހާމަކަން މަތީ ފާޑުކިޔާ އިދިކޮޅަށްވުރެ އިދިކޮޅު ވެގެން އެތިބަގެން އުޅެނީއެވެ. އެކެއްގެ އެއް މަގާމުވެސް ނުގެއްލެއެވެ. 

    ކުންފުނިތަކާއި އޮފީސްތަކުގައި ހަމަޖެހިފައި އޮންނަ އުސޫލާ ހިލާފު ވެގެން އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ސިޔާސީ ފިކުރަކާ ގުޅުމެއް އޮތް ކަމެއް ނޫނެވެ. ނަސޭހަތް ދިނުމާއި އިންޒާރު ކުރުމާއި ވަޒީފާއިން ވަކި ކުރުމަކީ އެތަނެއްގައި ހަމަޖެހިފައި އޮންނަ އުސޫލަކުން ކުރެވޭނެ ކަންކަމެވެ. މީހެއްގެ އުޅުން ގޯސްވެ އެތަނަކަށް ނުތަކޭމާ ހަމަޖެހިފައި އޮންނަ އުސޫލުން ފިޔަވަޅެއް އަޅާ އިރަށް އެކަމެއް ސިޔާސީކޮށްގެން ފިތުނަ އުފެއްދުމަކީ އައު ކަންކަމެއް ނޫނެވެ. 

    އުސޫލާ ހިލާފަށް މީހަކު މަގާމުން ވަކިކޮށް ފިޔަވަޅެއް އަޅައިފިނަމަ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ގޮސް އިންސާފު ހޯދާށެވެ. އެވަރުން ނުވަންޏާ ކޯޓަށް ދާށެވެ. މަޖިލީހުގެ ތެޅުމުގައި ނެގިނެގިފައި ޖެހުނަސް އެ މުއައްޒިފަށް އިންސާފެއް ނުލިބޭނެއެވެ. ފިކުރެއްގެ ދިރުން ކުރިއަރުވަން ޗަރުކޭސް ކުޅޭ ތަނަކަށް މަޖިލީހުގެ ފްލޯ ހަދައިގެން އުޅުނަސް މަރުވެފާ އޮތް ފިކުރެއް ނުދިރޭނެއެވެ.  

    ]]>
    Mon, 20 Feb 2023 14:49:48 +0500 ހީރަސް
    މުލަކުގައި ތެޔޮ މަރުކަޒެއް ހެދުމަށް މަޝްވަރާ ކުރުން https://heerasnews.com/1060 https://heerasnews.com/1060 ރައްޔިތުންނަށް ފަސޭހައިން ތެޔޮލިބޭނޭ ހުރިހާ އިންތިޒާމްތަކެއް އެފްއެސްއެމުން އަންނަނީ ހަމަޖައްސަމުންނެވެ. އެގޮތުން ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަމަހަމަ ސިޔާސަތުގެ ތެރެއިން ފަސޭހައިން ހެޔޮ އަގުގައި ތެޔޮ ލިބޭނޭ އިންތިޒާމް ރާއްޖޭގެއެކި ކަންކޮޅުތަކުގައި އެފްއެސްއެމުން ދަނީ ހަމަޖައްސަމުންނެވެ. އެގޮތުން މ. މުލަކުގައި ތެޔޮ މަރުކަޒެއް ހެދުމުގެ މަޝްވަރާ ބައްދަލުވުމެއް މުލަކު ކައުންސިލްއާއި އެކު އެފްއެސްއެމުން މިއަދުވަނީ ބާއްވާފައެވެ. މި ބައްދަލުވުމަކީ ވަރަށް އަވަހަށް ނަތީޖާ ފެނިގެންދާނެ ކާމިޔަބު ބައްދަލުވުމެކެވެ.

    މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށް ގެނެވޭ ހެޔޮ ބަދަލުގެ ތެރެއިން ކިރުވާ މަހަށް ލިބެންޖެހޭ ފައިސާ އަޅާ ކެނޑުމެއް ނެތި ހަމަޔަށް ލިބޭނެ އިންތިޒާމް އެސްޓީއޯއިން ހަމަޖައްސަމުން ގެންދާތާ ވެސް ދުވަސް ކޮޅެއް ވެއްޖެއެވެ. އެގޮތަށް ހަމަޖެހިގެން ދިޔުމަކީ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެކެވެ. ކުރިން މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް ފައިސާ ލިބެނީ ތެލަށް ކަނޑާފައެވެ. ތެލަށް ނުކަނޑާ މަސްވެރިންނަށް ކިރާ މަހުގެ ފައިސާ ލިބިގެންދާ ގޮތަށް މިފްކޯއަށް މަސްގަތުމުގެ އޮޕަރޭޝަނަށް ހެޔޮ ބަދަލެއް މިހާރު އޮތީ ގެނެސްފައެވެ. 

    މިފްކޯއާއި އެފްއެސްއެމްއާއި ގުޅިގެން ގެނެވުނު ހެޔޮ ބަދަލުން މަސްވެރިންނަށް ވަރަށް މަންފާ ކުރެއެވެ. ޒަމާނުއްސުރެ ކިރުވާ މަހަށް މަސްވެރިންނަށް ފައިސާ ލިބެނީ ތެޔޮ ބިލަށް ކެނޑުމަށް ފަހު ބަކީ އޮންނަ އެއްޗެކެވެ. މިފްކޯއާއި އެފްއެސްއެމްއާއި ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުން ކްރެޑިޓް ސްކީމެއްގެ ތެރެއިން މަސްވެރިންނަށް އެފްއެސްއެމުން ސަބްސިޑަރީ އަގަކަށް ތެޔޮ ފޯރުކޮށްދެމުން މިހާރު ދެއެވެ.

    "ފަހި ހަކަތަ" ޕްރޮގްރާމް ފެށުމުގެތެރެއިން (ފައިލް ފޮޓޯ)

    މަސްވެރިންނަށް ސަބްސިޑަރީ ރޭޓެއްގައި ކްރެޑިޓަށް ތެޔޮ ފޯރުކޮށް ދެމުންދަނީ "ފަހި ހަކަތަ" ނަމުގައެވެ."ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިވެ ރަޖިސްޓްރީވާ ކޮންމެ މަސްވެރި އުނޅަދަކަށް ވެސް ސަބްސިޑަރީ ރޭޓެއްގައި އެފްއެސްއެމުން ތެޔޮ ފޯރު ކޮށްއެވެ. "ފަހި ހަކަތަ" ކްރެޑިޓް ފެސިލިޓީ ބިނާވެގެން ދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑި ވެރިއާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށެވެ. މަސްވެރިންގެ ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވެ ހިނގައި ގަތުމުން މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައި އިންނަނީ ސީދާ އެފްއެސްއެމްއަށެވެ.

    ]]>
    Sun, 19 Feb 2023 20:15:25 +0500 ހީރަސް
    މާބައިދޫގައި ފެނަކައިން އައިސް ޕްލާންޓެއް ގާއިމު ކުރަނީ https://heerasnews.com/1059 https://heerasnews.com/1059 ފެނާއި ނަރުދަމާއާއި ކަރަންތްގެ ހިދުމަތްދޭ ކުންފުނި ފެނަކައިން އަނެއްކާ ވެސް އައިސް ޕްލާންޓެއް ގާއިމުކޮށް ހިންގަން އެއްބަސް ވެއްޖެއެވެ. ‏ލ. މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް ހިންގުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑން ހަވާލު ވީ މިއަދުއެވެ.

    މާބައިދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކޮށް ހިންގުމަށް އެއްބަސްވެވުނީ ފެނަކަ ކޯރޕަރޭޝަންއާއި  މާބައިދޫ ކައުންސިލްއާއި ދމެދުއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސް ވުމުގައި ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. މާބައިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އިބްރާހީމް ވިސާމެވެ. މާބައިދޫގައި އައިސް ޕްލާންޓު ތަރައްގީކުރުމުގެ މަސައްކަތް ހަ މަސްތެރޭގައި ފެނަކައިން ނިންމާނެއެވެ.

    ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އައިސް ޕްލާންޓްވެސް ގާއިމްކޮށް ހިދުމަތް ފެނަކަ ކޯޕަރޭޝަނުން އަންނަނީ ދެމުންނެވެ. 

    ]]>
    Sun, 19 Feb 2023 16:49:59 +0500 ހީރަސް
    މާރިއަށް ރައްދު ދެވޭވަރަށް ވުރެ ބޮޑު ފޭލިޔަރެއް https://heerasnews.com/1058 https://heerasnews.com/1058 އޮނަރަބަލް މާރިޔާ ދީދީއަށް ރައްދުދީ ދިޔާނާ ޖެހި ހިސާބެކޭ " އަދުރެމެޓިކް" އެކޭ ތަފާތެއް ނެތެވެ. ރާއްޖޭގެ ސިޔާސީ ކަންކަން މިނެ ކިރަން ދިޔާނާއަށް އެނގޭ ނަމަ ދިޔާނާ މިއަދު ހުރީހީ އަގުޅިނެތް ކަންނޭލެއްގެ ގޮތުގައެއް ނޫނެވެ. ދުވަހަކު ދިޔާނާ ޖެހި ހިސާބެއް ދިމާވެ ދިޔާނާގެ އަންދާޒާ އަކަށް މި ގައުމުގައި ކަމެއް ނިމުނު ހެއްޔެވެ. މަޖިލީހަށް ވަންނާނަމޭ ހިތާ ކިތައް ފަހަރު ކިތައް ދިމާލަށް ކުރި މަތިލީމު ހެއްޔެވެ. ކުޑަކުޑަ ކޮންސިޓިއެންސީ ގަނޑަކުން މަޖިލީހުގެ ގޮނޑިއެއް ހޯދާ ނުލެވޭ ވަރުގެ ފޭލިޔަރުން ފުއްޕާފާ ސިޔާސީ ހިސާބު ނުޖަހާށެވެ.

    ދެހާސް ބާރާގައި އެމްޑީޕީގެ މެންބަރުންގެ އަދަދު އެނގޭ ހެއްޔެވެ. ފަނަރަހާސް ހަމައެއް ނުވެއެވެ. 2008 ގެ ރިޔާސީ ޕްރައިމަރީގައި ނަޝިދަށް ލިބުނީ އަށް ހާހެއްހާ ވޯޓެވެ. އެއީ އޭރުގެ ވޯޓިންްގ ޕޮޕިއުލޭޝަންގެ ފަސްޕަސެންޓް ހަމަ ނުވާ މިންވަރެކެވެ. އެކަމަކު 2008 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރީ ރައީސް ނަޝީދެވެ. މިހާރުވެސް ދިޔާނާ ތިޔަ ޖެހީ އެ ޒާތުގެ ހިސާބެވެ.

    ރައީސް ސާލިހަކީ ރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި އެއްބުރުން 68 އިން ސައްތައިން ރައީސް ކަމަށް އިސްވި ފުރަތަމަ މީހާއެވެ. އެ މަނިކުފާނުގެ ފަހަތްޕުޅުގައި އަދިވެސް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ އެބަ އޮތެވެ. އެމްޑީޕީގެ ގައުމީ މަޖިލީހާއި ކޮންގްރެސްމަނުންގެ ފުޅާ އަގުލަބިއްޔަތު އެބައޮތެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދީ ދުވަހަކު ނުދެކޭ ލުއިފަސޭހަ އެ މަނިކުފާނު ވަނީ ރައްޔިތުންނަށް ހޯއްދަވާ ދެއްވާފައެވެ. މިހުރީކީ ސަމާސާ ކަންކަމެއް ނޫނެވެ. 

    މާ ބާރެއްލާފައި އެމްޑީޕީން ބަޔަކު ވަކި ކޮށްގެން ނަޝީދަށް ވޯޓު ތަކެއް ގެއްލުވާލި ވާހަކަ ތިޔަ ދައްކަނީ ކޮން އަސާސެއްގެ މައްޗަށް ހެއްޔެވެ. 39000 މެންބަރެއް އެމްޑީޕީ ވަކިކޮއްގެން ދިޔާނާމެން އަނގަ ދިޔާކުރާއިރު އެ ހުރިހާ މެންބަރުންނަކީ ވެސް އެހެން ޕާޓީ ތަކުގައި ރަޖިސްޓްރީ ވެފައި ތިބި ބައެކެވެ. އެ ހުރިހާ އެންމެންނަކީ ވަކިނުކޮށް ތިބި ނަމަ ރައީސް ސާލިހަށް ވޯޓު ދޭނެ މީހުން ނޫން ކަމެއް ދިޔާނާމެނަށް އެނގެނީ ކިހިނެއް ހެއްޔެވެ. ނޫނީ އެ އެންމެން ރައީސް ނަޝީދަށް ވޯޓު ދޭނެކަން އެނގޭ ގޮތަކީ ކޮބައި ހެއްޔެވެ.

    އެންމެ ފަހުން އޮތް ޗެއަރޕާސަން އިންތިހާބުގައި ރައީސް ނަޝީދު ތާއީދު ކުރި އިމްތިޔާޒް ފަހުމީ ފޭލިވީ އެބުނާ ވަކިކުރި 39000 މީހުން އެމްޑީޕީ މެންބަރުން ގެ ގޮތުގައި ތިއްބައެވެ. އިދާރީ ކޮންޓްރޯލް ނަޝީދު އަތުގައި ފުރިހަމައަށް އޮއްވައެވެ. އަނެއް ކޮޅުން އެންމެ ފަހުން އޮތް ދައިރާ ރައީސުން ހޮވުމުގެ އިންތިހާބުން ވެސް ނަޝީދުގެ ހުރިހާ ކެންޑިޑޭޓުންހެން ފޭލިވީ އެ 39000 މީހުން ޕާޓީގެ ދަފުތަރުގައި އޮއްވައެވެ. އެހެން ކަމުން ދިޔާނާމެން ތިޔަ ދައްކަނީ ފުލެއް މެދެއް ބިތެއް ނެތް ވާހަކައެކެވެ.

    އެނގޭ ހެއްޔެވެ. ސިޔާސީ ގޮތުން މީހުން މިނާނީ އެ މީހެއްގެ އެކަނި ބުރަދަނަކުން ނޫނެވެ. އެ މީހާގެ ވަށައިގެން ތިބީ ކޮންބައެއްކަމާއި އެ ބައަކާ ގުޅިލާމެހިފައި ތިބީ ކިހާ މީހުނެއް ކިހާވަރަކަށް ކަން ނޭގި ސިޔާސީ ގޮތުން މީހެއްގެ ބުރަދަން ބެލީމާ ވާގޮތް ވެފާ ތިބި ލައްކަ ސިޔާސީ ފޭލިޔަރުން އެބަތިއްބެވެ. ދިޔާނާއަކީ އޭގެ ތެރެއިން އެކެކެވެ.

    ]]>
    Sun, 19 Feb 2023 15:55:28 +0500 ހީރަސް
    ސްޓެލްކޯ ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމް https://heerasnews.com/1057 https://heerasnews.com/1057 ފެންވަރު ހުރި ރަގަޅު ހިދުމަތް ފޯރުކޮށް ދިނުމަކީ ކަސްޓަމަރުންގެ އިތުބާރު އިތުރުވެ ދެވޭ ހިދުމަތަށް ކަސްޓަމަރުންގެ ޔަގީންކަން ބޮޑުވެގެން ދާނޭ ކަމެކެވެ. އަގުހެޔޮ ލުއިފަސޭ ހަ ހިދުމަތަކަށް ދެވޭ ހިދުމަތް ހެދުމަށްޓަކައި ކުރެވޭ މަސައްކަތާ އެއްވަރަށް ހިދުމަތް ފޯރުކޮށްދޭން ތިބޭ މުއައްޒަފުންނަކީ ކަސްޓަމަރުންނާ ރަހުމަތްތެރި ހިތްހެޔޮ ހިއްތިރި އޯގާތެރި ބަޔަކަށް ވާންޖެހެއެވެ.

    ހިދުމަތް ދިނުމުގައި ހިންގުން ހަރުދަނާކޮށް ތަސައްވުރަށް ވާސިލުވުމުގައި މުއައްޒަފުންގެ ދައުރު ބޮޑެވެ. އެންމެ ކުދިކުދި ކަންކަމުން ފެށީގެން އެންމެ ބޮޑެތި ކަންކަން ކުރުމުގައި މުއައްޒަފުންނަކީ އުފެއްދުންތެރި ރަހުމަތްތެރި ހަލުވި ބަދަހި ގުޅުމެއްގެ ވެރި ބަޔަކަށް ވާންޖެހެއެވެ. އިސްވެ ދެންނެވި އަމާޒަށް ވާސިލު ވެވޭނީ ހަމަ ހުރެފައެއް ނޫނެވެ. މީހުން މީހުނަށް ހަދައިގެނެވެ. މީހުން މީހުނަށް ހެދުމުގައި ސްޓެލްކޯއަކީ ނަމުނާ ކުންފުންޏެކެވެ.

    މެނޭޖިންގ ޑީރެކްޓަރ އަހުމަދު ޝަރީފް އަމާޒު ހިއްޕަވަފައި ވަނީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮކަން ސްޓެލްކޯއިން ދެވޭ ހިދުމަތުން ވެސް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށެވެ. ހިދުމަތަށް ނެގޭ އަގުން ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށް ދީގެން ކޮންމެ މިހަކަށްމެ ބޭނުންވާ މިންވަރަށް ހިދުމަތް ދިނުމަށެވެ. ހިދުމަތުގައި ތިބޭ މުއައްޒަފުންގެ އޯގާތެރިކަމާއި ކަސްޓަމަރ ކެއާރއިން ރައްޔިތުން ހިނިތުން ކުރުވުމަށެވެ.  

    އަތޮޅުތެރޭ އިންޖީނުގެ ތަކުގެ ހިންގުން މިހާރަށް ވުރެވެސް އިތުރަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން މެދުނުކެނޑި އެ ކުންފުނިން ކުރެއެވެ. ކަސްޓަމަރުންނާއި އޮންނަ ގުޅުން ބަދަހިކުރުމަށް ކުރެވޭ މަސައްކަތް ހުއްޓުމެއް ނެތި ސްޓެލްކޯއިން ކުރެއެވެ. މުއާމަލާތް ކުރުމުގައި ގެންގުޅޭނެ ހަރުދަނާ އުސޫލުތަކަށް މުއައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ކުރުމުގައި އިހުތިސާސްގައި ހިމެނޭ ވަކިރަށެއް ވަކިތަނެއް ތަފާތެއް ނުކުރެއެވެ.

    ނިމިދިޔަ ހަފްތާ ބަންދުގައި އދ. އަތޮޅުގެ ސްޓެލްކޯ މުވައްޒަފުންނަށް ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގީ ވެސް އެ އަމާޒަށް ވާސިލު ވުމަށެވެ. އދ. އަތޮޅުގައި ހިންގި ކަސްޓަމަރސާވިސް ޓްރެއިނިންގ ޕްރޮގްރާމްގެ ސަބަބުން ސްޓެލްކޯ މުވައްޒަފުން ކަސްޓަމާރ ސާވިސްއަށް ކުރިއަށް ވުރެ އަހުލުވެރިވެ އެ ތަންތަނުން ދެވޭ ހިދުމަތުގެ ފެންވަރު މަތިވެ ހިންގުން އިތުރަށް ހަރުދަނާ ވެގެން ދާނެއެވެ. 

    ]]>
    Sun, 19 Feb 2023 14:13:28 +0500 ހީރަސް
    އަތަށް ގޮއްވާލި ސަމަދާބޭގެ ބަޅުރުކު މިޝަން https://heerasnews.com/1056 https://heerasnews.com/1056 އިންޑިއާ އައުޓް ގޮވަމުން ގޮވަމުންގޮސް އިންޑިއާއަށް އިން ވީމާ ޑީޕޯޓްކޮށްލިކަން ނަސީބެވެ. ޓެރެރިސްޓެއްގެ ސިއްކަ ޖަހާ ހައްޔަރު ނުކުރިކަމަށްޓަކާ ޝުކުރުކޮށް ބަލާށެވެ. މިލިޓަރީ ޓްރޭނިންގ ހަދައިގެން ހުރި މީހަކު ފާޅުގައި އިންޑިއާގެ މިލިޓަރީއާއި ދެކޮޅަށް ނިކުމެ ހަރަކާތްތެރި ވާއިރު އޭނާ އިންޑިއާއަށް ދިޔަ ބޭނުމާ މެދު ޝައްކުގެ ނަޒަރުން އިންޑިއާއިން ދުށުމުގެ ފުރުސަތު ބޮޑެވެ. 

    ބޭސްފަރުވާ ކުރުމުގެ ނަމުގައި އިންޑިއާއަށް އޭނާ ދިޔައީ ޓެރެރިސްޓް ހަރަކާތެއް ހިންގަން ކަމަށް ނުބެލެވެންވީ ސަބަބެއް ނެތެވެ. އަމާ ގާތަށް ވަނތް މީހާވެސް ވަނީ ހުނިގުރާބު ބަލައެވެ. އާއްމުކޮށް ތުނބުޅި ދިގުކޮށްފައި ހުންނަ މީހަކު ތުނބުޅި ކުކުޅު ބިހަކަށް ހަދައިގެން ދިޔުމުގެ ނިޔަތާ މެދުވެސް ސުވާލު އުފެދެއެވެ. 

    މިޝަނަކާ މަތިކޮށް ބަލިކަމުގެ ބަހަނާގައި އިންޑިއާއަށް ފޮނުވި މީހާ ކަންނުވަނީސް ޑިޕޯޓް ކޮށްލުމުން ފަޔަށް ލައްކަ ހިނި އަރާނެއެވެ. ރައްޖޭގެ ދިފާއީ ވަޒީރު ސަމާސާ ރާގެއްގައި އެވާހަކަ ދެއްކެވީމާ ފިސާރި އަސަރު ކޮށްފިތާއެވެ. ގަނާކުރި ކަމަށާއި އިންސާނީ ކަރާމާތް ނަގާލީ ކަމަށް އެކަން ވެއްޖެތާއެވެ.

    މިލިޓަރީ ޓްރޭނިންގ ހަދައިގެން ތިބި ބަޔަކު ބޭނުންކޮށްގެން ސަރަހައްދީ ނިއުކުލިއަރ ބާރަކާ ދެކޮޅަށް ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަކީ މައްސަލަ އަކަށް ނުވެއެވެ. ކަންބޮޑު ވާކަށް ފުންނާބު އުސް ވަކީލުންނަކަށް ނޭނގުނެވެ. ބުނަން ހެއްޔެވެ. ބޮކުބާރު ދައްކަން އުޅެންވާނީ ފެންގަނޑުގައި އުޅޭ ބޮކަށެވެ. 

    މާތްކަލާކޯ ނައިފަރު ޝިޔާމޫއެވެ. މަޖިލީހަށް މާރިޔާގެ މައްސަލަ އަވަހަށް ވައްދާށެވެ. ވައްދައިގެން ތިބެ ހޭބޯނާރާ އިންޑިއާއަށް ބަވާށެވެ. މިހާރު ނުކުރެވި އޮތީ އެކަމެވެ. ހެޔޮ ނުވާނެއެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި ތިބެ ފިނި ކޮޓަރިއޭ ރަޖައޭ ޓޯޗަރއޭ ނުކިޔާ ހިމޭނުން ތިބޭށެވެ. ލަދެއް ހަޔާތެއް ނެތި އިންސާނީ ކަރާމާތަށް އަރައިގަންނަމުން ޝަރުއީ ހުކުމް ހަރާން ކުރަމުން ބައިނަލްއަގުވާމީ ގުޅުންތައް ކަނޑަމުން މަތި ހަށި ނަގައިގެން ގުންފައި ޖެހިވަރަކަށް ގެނބުންނޫން ކަމެއް ބަޅުރުކު ފަކީރުންނަކަށް ނުވާނެއެވެ. 

    ބަޅުރުކު މިހުން ސިޔާސީ މަގުސަދެއް ހާސިލުކުރަން ކަތިލާ ކަންބަޅި ތަކަކަށް އިސްރަށްވެހިން ހަދައިގެން އެމިހުން ކޯޑިހައްދައިގެން ނެރެ އަނިޔާ ކުރަން ނުހަދާށެވެ. ހިތްވަރު ހުރިއްޔާ ބަޅުރުކު ރިޔާސީ ޓިކެޓަށް މަރުފަލި ޖަހާ މުއިއްޒާއި ވަހީދާއި ގައްސާނާއި ޝިޔާމާ ސައީދާއި ދެންވެސް ތިބި ބަޔަކު އިންޑިއާ އައުޓޭ ގޮވަމުން ގޮސް އިންޑިއާއަށް އަރާލަ ބަލާށެވެ. ކިޔާ ހޫނު މަރުހަބާ ފެންނާނެއެވެ. އޭރުން ހޯހޯ ނުގޮވާށެވެ.

    ]]>
    Sat, 18 Feb 2023 18:54:43 +0500 ހީރަސް
    އެންމެ ސަމަދު ބެއަކަށްވުރެ ރާއްޖެ މާބޮޑު https://heerasnews.com/1055 https://heerasnews.com/1055 ގިނަ ދުވަސްތަކެއް ވާންދެން ގައުމީ ދިފާއީ ބާރުގައި މަސައްކަތްކޮށް ރިޓަޔަރވުމަކީ ގާނޫނީ ވެރިކަމާ ދެކޮޅަށް ތެދުވުމަށް ދޭ ލައިސަންސެއް ނޫނެވެ. ދިފާއީ ބާރުން ރިޓަޔަރވުމަކީ ބައެއްގެ ސިޔާސީ ބޭނުމަށް ކަތިލެވޭ ކަންބަޅިއަކަށް ވާން ދޭ ތަޅުދަނޑީއެއް ނޫނެވެ. ދައުލަތުގެ މުދަލުން އެތައް ޒަމާނެއް ވަންދެން ކާންދީ ތަމްރީނުދީ ރިޓަޔަރ ވަންދެން ގެންގުޅުނީ ނިކުމެ ދައުލަތާ އިދިކޮޅު ހަރަކާތް ހިންގާ ފިތުނަ އުފައްދާކަށް ނޫނެވެ.

    އެއިރަކު އޮންނަ ގާނޫނީ ސަރުކާރަކުން ދައުލަތުގެ ދިފާއީ ނިޒާމް ތަރުތީބު ކުރަނީ ސިޔާސީ ވާދަވެރިންނަށް ގައުމީ ސަލާމަތް ފޫދުއްވާ ނުލެވޭނެ ގޮތަށެވެ. އެހިނދަކަށް އެހީތެރިކަން ހޯދާ އެއްބާރުލުން ހޯދަންޖެހޭ ބަޔެއްގެ އެއްބާރުލުމާ އެހީތެރިކަން ހޯދަން ޖެހޭވަރެއް އެގޭނީ ރިޓަޔަރކޮށްފައި ތިބޭ މެދުފަންތީގެ ސިފައިންނަކަށް ނޫނެވެ. އިދިކޮޅު ޕާޓީއަކަށް ވެސް ނޫނެވެ.

    ސިފައިންގެ ހުވާކޮށް ރިޓަޔަރ ވެގެން ތިއްބަސް އެ މީހުންނަކީ ބައަކަށް ސިޔާސީ ބާރުވެރިކަން ހޯދާ ދިނުމަށް ނިކުމެ ގާނޫނީ ސަރުކާރާ ދެކޮޅަށް ގައުމު ނުރައްކަލަށް ވައްޓާލަން ތިބި ބައެއް ނޫނެވެ. ރިޓަޔަރޑް ސިފައިންނަކީ ސިފައިންގެ ޗޭން އޮފް ކޮމާންޑްގެ ދަށުން އަންނަ އަމުރަކަށް ނޫނީ އަމަލު ކުރެވޭނެ ބައެއް ނޫނެވެ. ގާނޫނީ ސަރުކާރެއް އޮތް ގައުމެއްގައި ގައުމީ ސަލާމަތަށް އޮތް ރައްކަލާއި ނުރައްކާ ކަނޑައަޅާނީ ދައުލަތުގެ އެންމެ މަތީވެރިޔާއެވެ. 

    ތިމާމެންނަށް ވުރެ އަސްކަރީގޮތުން ބާރުގަދަ ބަޔަކާ ދެކޮޅަށް ހަމައެއް ލަމައެއް ނެތި ސިޔާސީ ޖަޒްބާތުގައި ޖެހިގެން ރިޓަޔަޑް ސިފައިން ނިކުތުމަކީ ގައުމު ނުރައްކަލަށް ވައްޓާލުމަށް ދައުވަތުދޭ ދިނުމެކެވެ. ހަތިޔާރު އުފުލާ ގެންގުޅުމުގެ ގާބިލުކަން ހުރި މީހަކު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއާއި ދެކޮޅަށް ނިކުތުމަކީ އެތައް ގޮތަކުން ނުރައްކާތެރި ކަމެކެވެ. 

    އެއްވެސް ސާބިތު ހެއްކެއްނެތި މި ބަވަނަވެތި ދުނިޔޭގައި ބޮޑު ގައުމެއްގެ އަސްކަރިއްޔާއާއި ދެކޮޅަށް ރޭވިގެން ހަރަކާތެއް އެއްވެސް ތަނެއްގައި ހިނގާނަމަ އެކަމާމެދު އެ ގައުމަކުން ދެވަނަ ވިސްނުމަކުން ވިސްނާނެއެވެ. އަމްދު އެހަރަކާތެއްގައި ރިޓަޔަރޑް ސިފައިންގެ ބައެއްގެ ބައިވެރިވުން ފާޅުގައި ފެންނަން އޮތިއްޔާ އެބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެއެވެ. އަމްދުން އޭގެން މީހަކު އެ ގައުމަކަށް ހިގައްޖެނަމަ ޓެރެރިސްޓް ހަރަކާތެއް ހިންގަފާނެކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ. 

    ސަމަދުބޭ މެންކަހަލަ ރިޓަޔަރޑް ސިފައިންގެ މީހުން އިންޑިޔާ އަސްކަރިއްޔާއާ ދެކޮޅަށް ހިންގާ ޖަރީމާއަކީ ގައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ. އެއީ ސިޔާސީ ކަމެއްނޫނެވެ. ރިބަލް ގްރޫޕަކުން ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެކެވެ. އިންޑިއާ އައުޓު ހަރަކާތުގައި އުޅޭ ރިޓަޔަރޑް ސިފައިންނަކީ ނުރައްކާތެރި ބައެކެވެ. އެ މީހުންގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ހީނުކުރާ ވަރުގެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނެއެވެ. 

    އެންމެ ސަމަދުބެ އަކަށް ވުރެ ގައުމު މާ ބޮޑެވެ. ސަމަދުބޭ ޑީޕޯޓަކުން މި ފަހަރުވާ ސަލާމަތް ވެއްޖެއެވެ. ބޮލު ރޮދި ކެނޑިފައި ތިބި ސަމަދުބޭމެން ކަހަލަ މީހުން ބޭނުން ކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާ ކުރަން އުޅޭ ބަޅުރުކު ޓެރެރިސްޓުން އޮބިއަޅުވަން އެބަޖެހެއެވެ. 

    ]]>
    Sat, 18 Feb 2023 15:37:38 +0500 ހީރަސް
    ރައްޔިތުން އެދުނުގޮތަށް އިބޫ ކުރާ ހެޔޮވެރިކަން https://heerasnews.com/1054 https://heerasnews.com/1054 ކަނު މީހުންނަކަށް ތަންތަނެއް ތަންތަނެއް ނުފެންނާނެއެވެ. ބީރު މީހުންނަކަށް އަޑެއް ނީވޭނެއެވެ. މަންމަނުންނަށް ބަހެއް ނުބުނެވޭނެއެވެ. ހިއްސުކެނޑުނީމާ އިހުށަސެއް ނުވާނެއެވެ. އަބަދުވެސް ދިވެހިންގެ ގިނަ ބަޔަކަށް ނަގައިގެން ކަތީބު މޮޅުވާނެއެވެ. އޮންނަގޮތެއް ކަމަކު ނުދާނެއެވެ. ކަންބޯނެ އެކައްޗެއް ނެތްއިރުވެސް ބަނީ އިސްރާޅު ބާގާ މީހުންނަށް މަންނާއި ސަލްވާވެސް ކަމަކު ނުދިޔައެވެ. ބަހަނާއާއި ޝަކުވާ ކުރުމުގައި ބަނީ އިސްރާއީލުންގެ ގެރި ކަތިލުން މިސާލަކަށް ފުދެއެވެ.

    ދިވެހި ރައްޔިތުންނާއި އެމްޑީޕީ މެންބަރުން ރައީސް ސާލިހުގެ އަރިހުން އެދުނީ ޔާމީނާ އޭނާގެ ކޮރަޕްޓް އައުވާނުން ގާތްނުކޮށް ހެޔޮވެރިކަމެއް ކޮށްދޭށެވެ. ތަފާތު ނުކޮށް ކޮންމެ މީހަކަށްމެ އަސާސީ ހިދުމަތް ހޯދަދޭށެވެ. ޖަޒީރާވަންތަ ފާގަތި ދިރިއުޅުމެއް ހޯދުމުގެ ފުރުސަތު ހޯދަދޭށެވެ. އަނިޔާވެރި ގޮތުގައި ހިފާހައްޔަރުކުރިހާ ސިޔާސީވެރިން މިނިވަންކޮށް އެ މީހުން ބައިވެރިކޮށްގެން ސަރުކާރު ހިންގާދޭށެވެ. ގޮތްނޭގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދާދިނުމަށް މަސައްކަތްކުރުމަށެވެ. ދައުލަތުން ދަވާލުމުގައި އުޅުނު އެންމެންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގާ ދައުލަތުން ގެއްލުނު ފައިސާ ހޯދާދިނުމަށް މަސައްކަތް ކުރުމަށެވެ. ދައުލަތުގެ ނަމުގައި މީސްމީހުނަށް ދީފާވާ ގެއްލުންތަކަށް އަދުލުވެރި ބަދަލު ހޯދާދިނުމަށެވެ.

    އިންސާފުގެ ތަރާދުން އެކަންކަމާ މެދު ކިރާލައްވާށެވެ. ކުރިކަމަކާ ނުކުރާ ކަމެއް އެގެން އެ އޮތީއެވެ. ނުކުރެވި އޮތްކަމެއް ނުކުރެވި އޮތީ ކީއްވެކަމާ މެދު ވެސް އިންސާފުގެ ލޮލަކުން ބަލާލައިލުން ރަނގަޅެވެ. ވަކިވަކިން ކަންކަމަށް ޖުމްލަކޮށް ނަޒަރު ހިންގާލާށެވެ. ހަގީގަތް ސާފުކޮށް އެއޮތީ ހާމަޔަށް ފެންނާށެވެ.

    ރައްޔިތުން އެދުނު ގޮތަށް ސަރުކާރު ހިންގުމުގައި ޔާމީނާ އޭނާގެ ކޮރަޕްޓް އައުވާނުން ގާތެއް ނުކުރައްވައެވެ. އަނިޔާވެރި ގޮތުގައި ހިފާހައްޔަރު ކުރިހާ ސިޔާސީވެރިން މިނިވަންކުރައްވާ ސަރުކާރު ހިންގެވުމުގައި އެ މީހުން ބައިވެރި ކުރެއްވިއެވެ.

    ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ދެއްވުމުގައި ކުޑަރަށެއް ބޮޑުރަށެއް ނުބައްލަވާ އެރަށަކާ އެކަށޭނަ މިންވަރަށް ސާފު ބޯފެނާއި ނަރުދަމާއާއި ބަނދަރާއި ކަރަންޓާއި ސިއްހީ ހިދުމަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގުތައް ހެދުމާއި ސްކޫލު މަދަރުސާއާއި ކުޅޭ ބިންތައް ސަތޭކަ އެތައް ރަށެއްގައި ތަރައްގީ ކުރައްވައިފިއެވެ. އަސާސީ ހިދުމަތް ގާއިމު ކުރުމުގެ ބޮޑު މަސްރޫއު ތަކެއް ނުހިނގާ އެންމެ ރަށެއް ވެސް ނެތެވެ.

    ހިޔާވަހި ކަމުގެ ބިޔަ މަސްރޫއެއް މާލެ ސަރަހައްދުގައި ބާރަށް ކުރިއަށް އެބަދެއެވެ. އެތައް ރަށެއްގައި ފްލެޓްއަޅާ ގޯތި ދިނުން އެހެރީ ހިނގަ ހިގައެވެ. މާލޭގެ ތޮއްޖެހުން ނައްތާލުމަށް ތިންހާހަށް ވުރެ ގިނަ ގޯތި ދިނުމުގެ ފަހުގެ ތައްޔާރީތައް އެ ހުރީ ވެނިމިފައެވެ. މާލެ ސަރަހައްދަށް ޕިކްނިކް އައިލެންޑެއް އެއޮތީ ވުޖޫދުކޮށްފައެވެ. ބައިނަލް އަގްވާމީ ފެންވަރުގެ ދުވާ ޓްރެކަކާއި އެތައް ގިނަގުނަ ހަށިހެޔޮ ކުރުމުގެ ވަސީލަތްތައް މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި އެއޮތީ ގާއިމުކޮށްފައެވެ. 

    ކަންކަން ފަހުމްވާނީ ތެދު ނިޔަތުގައި ޝުކުވެރި ވާނަމަތާއެވެ. މި ސިލްސިލާގެ މިބައިގާ މަތިމަތިން ބަލައި މިލެވުނީ ދާދި ކުޑަ މިންވަރަކަށް ޖުމްލަ ގޮތެއްގައެވެ.  

    ]]>
    Sat, 18 Feb 2023 13:08:36 +0500 ހީރަސް
    ރައީސް ކުރިއަށް ވަޑައިގަތީ އެމްޑީޕީން ނިންމި ގޮތަށް https://heerasnews.com/1052 https://heerasnews.com/1052 ހިޔާލު ތަފާތުވުން ހުރިނަމަވެސް ހިޔާލުތަފާތުވުންތައް އެކަހެރިކޮށް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށް ދިނުމަށް އެންމެން އެއްވާންވީ ވަގުތަކީ މިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ހާލިހު އެމްޑީޕީގެ ރިޔާސީ ޓިކެޓާ ރަސްމީކޮށް ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް އެދިވަޑައިގަތީ އެކަމަށެވެ.

    އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީން ދައްކުވައިދިނީ އެޕާޓީއަކީ ޑިމޮކްރަސީއަށް ފައްކާވެފައި އޮތް ޕާޓިއެއް ކަން ކަމަށެވެ. އެ ޕްރައިމަރީން ދައްކުވައިދިނީ އެމްޑީޕީއަކީ ހިޔާލު ތަފާތުވުން ތަކަށް ޖާގަ އޮތް ޕާޓީއެއްކަމަށެވެ. ހިޔާލު އެއްގޮތްކުރުމަށް ހިޔާލު ތަފާތު ވުމަކީ އެމްޑީޕީގެ އެމްޑީޕީ ވަންތަކަމެވެ.

    އެމްޑީޕީގެ މެންބަރުންގެ މަގުސަދާއި ބޭނުން ވަރަށް ސާފުކަމަށާއި، ކޮންމެ އެމްޑީޕީ މެންބަރަކު ވެސް ބޭނުންވަނީ، ރާއްޖެއަކީ ސުލްހައާއި ހަމަޖެހުން ގާއިމްވެފައި އޮތް، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމިތިބޭ ބަޔަކަށް ވުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕާޓީގެ ކޮންމެ މެންބަރަކު ވެސް ބޭނުންވަނީ ރާއްޖެއަށް ގެންނަމުންދާ ތަރައްގީއާއެކު ކުރިއަށްދާންކަމަށެވެ. މި ގެނެވޭ ތަރައްގީގައި ވަކި މީހަކު ބާކީނުކޮށް އެންމެނަށް އޭގެ ނަފާ ލިބުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

    ރައީސް ސާލިހު ވިދާޅުވީ "އަޅުގަނޑުމެން ބުނަމުން މިދަނީ މި ރާއްޖެ ތަރައްގީ ކުރަން ވާނީ ޖަޒީރާ ގައުމެއްގެ ގޮތުގައޭ. ކުދި ރަށްރަށުގައި ވެސް ދިރިއުޅެން ބޭނުންވާ މީހުންނަށް ހަމަޖެހިލައިގެން އާއިލާއާއެކު އެ ރަށެއްގައި އުޅެވެންވާނޭ. މާލޭގެ ތޮއްޖެހުން ކުޑަކޮށް ހަމަނޭވާ ލެވޭ ތަނަކަށް މާލެ ވާންވާނޭ. އަޅުގަނޑުމެން ރަށްތައް ތަރައްގީ ކުރަމުން މިދަނީ އެ ރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށް އުފާވެރިކަމާއެކު ދިރިއުޅެވޭނެ ގޮތް ހޯދައިދިނުމާއެކު މާލެއަށް ލުޔެއް ހޯދައި ދިނުމަށް. އިރާދަކުރެއްވިއްޔާ މިހާހިސާބަށް އާދެވިފައި މިވަނީ، އެރަށްތަކުގައި ދިރިއުޅޭ މީހުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ލިބެން ފަށާފަ. ފެނާ ނަރުދަމާއާ، ބަނދަރާ މަގާ ކަރަންޓާ ދަތުރުފަތުރާ ތައުލީމާ ސިއްހީ ހިދުމަތް މިދަނީ ތަރައްގީކުރަމުން."އެވެ. 

    ރައީސް ވިދާޅުވި ގޮތުގައި "މި ފަސް އަހަރު ތެރޭގައި ކުރެވިފައިވާ އަދި ކުރެވެމުންދާ މަސައްކަތްތަކަކީ ތިޔަ ބޭފުޅުން ހޯއްދެވި ކާމިޔާބީއެއް. މި ކާމިޔާބުގެ ފެށުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ތިޔަބޭފުޅުން އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން. މިއީ ތިޔަބޭފުޅުންނަށް، އެމްޑީޕީއަށް ޝުކުރު ހައްގުކަމެއް. އަދި ހަމައެހެންމެ މިވަގުތު އަޅުގަނޑުމެންނާއެކު ތިބި ކޯލިޝަންގެ ބައިވެރިން ކޮށްދެއްވި މަސައްކަތްވެސް އަޅުގަނޑު ހަނދާނެއް ނުނެތޭ. އެކަމަށްޓަކައި އެބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު އަދާކުރަން." އެވެ.

    މި ފަސް އަހަރުގެތެރޭގައި ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިވެވަޑައިގެންނެވިކަމަށާއި، ނަމަވެސް ކާމިޔާބީއަށް ވާސިލްވެވުނީ އެމްޑީޕީގެ މެންބަރުންގެ ތާއީދާ އެއްބާރުލުމާ އެހީތެރިކަން ލިބިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ކުރިއަށް ވަޑައިގަންނަވާނީ އެމްޑީޕީގެ މެންބަރުން ނިންމެވި ގޮތަށްކަމަށެވެ.

    ]]>
    Sat, 18 Feb 2023 00:28:57 +0500 ހީރަސް
    ވަގުން ތިބޭނީ ޖަލުގަ & ރިޔާސީ ރޭހަކު ނޫން https://heerasnews.com/1051 https://heerasnews.com/1051 ރިޔާސީ އިންތިހާބު ބޯމަތި ވާއިރަށް ޖަލުގައި ތިބިހާ ކުށްވެރިންނަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު ދެނީ ކޮންބައެއް ހެއްޔެވެ. ކޮން ގައުމެއްގައި ހެއްޔެވެ. މީހުން މަރައިގެންނާއި ވައްކަން ކޮއްގެން ހުކުން ތަންފީޒްކުރާ އެތައް ބަޔަކު ޖަލުގައި އެބަ ތިއްބެވެ. ޑްރަގްޑީލް ކޮށްގެންނާއި ޖިންސީގޯނާކޮށްގެން ހުކުން ތަންފީޒު ކުރާ މީހުން އެހާ ގިނައެވެ. ހިޔާނާތާއި ރިޝްވަތާއި މަނީލޯންޑަރިންގގެ ކުށް ސާބިތުވެ ހުކުން ތަފީޒު ކުރާ މީހުން ވެސް އެބަތިއްބެވެ.

    ގާނޫނުގެ ވެރިކަން ހިންގަން ފައިނަގައިގެން ޕާޓީ ހަދައިގެން އުޅޭ ބައެއް މީހުންގެ ނިޔަތުގެ ތެދުކަމާ ދޭތެރޭގައި ސުވާލު އުފެދެއެވެ. ކުށް ސާބިތުވުމުން ޝަރުއީ ހުކުމް ވަކި މީހަކަށް ތަންފީޒު ނުކުރުމުގެ ޖާހިލު ވިސްނުމަކީ ތިމާމެންގެ ނިޔަތުގެ ނުބައިކަން ހާމަވެގެން ދާކަމެކެވެ.

    ކާނަލް ނާޒިމް މާ އަޑުހަރުކޮށް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވެން ޖެހޭނެއޭ ބުނީމާ އަންނަނީ ހިންޏެވެ. ޔާމީނަށް ވާދަ ކުރެވެންޏާ ޖަލުގައި ތިބި އެހެން ކުށްވެރިންނަށް ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު އޮންނަން ވާނެއެވެ. އެތައް ބަޔަކު މެރި ޝަހުމުމެން  ހުމާމުމެން ކަހަލަ ކުދިން ވެސް އެތިބީ ރިޔާސީ އިންތިހާބުގައި ވާދަކޮށްލާ ގޮތަށެވެ.  

    އަޖައިބެއް ނުވާނެ ހެއްޔެވެ. ކުރީގެ ރައީސް ޔާމީނު ޖަލަށްލާފައި އެއޮތީ ސިޔާސީ ފްރޭމް ކުރުމެއްގެ ތެރެއަކުން ނޫނެވެ. ދިފާއަށް ފުރުސަތު ދެވިގެން ހުޅުވާލެވިފައިވާ ޝަރީއަތަކުން ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެގެންނެވެ. އިދިކޮޅުގެ ކެންޑިޑޭޓަކަށް ޔާމީނު ވީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެތައް ބައިވަރު ކުށްތަކެއްގެ ތަހުގީގާ ޝަރީއަތް ހިނގަ ހިނގާ ހުޢްޓައެވެ. ދައުލަތް ދަވާލައިގެން ހުރެ ޝަރީއަތްތައް ހިނގަހިނގާ އޮއްވާ އިދިކޮޅު ކެންޑީޑޭޓަށް ހެދީ ސިޔާސީ ގޮތުން ތިޔަ ޗަރުކޭސް ކުޅެން ވެގެންނެވެ.

    ޔާމީން ޖަލުގައި ބާއްވައިގެން ނުވާނެ ކަމަށް ބުނަން ކާނަލް ނާޒިމަކީ ސްޕްރީމް ކޯޓްހެއްޔެވެ. ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބުނެ އަޑުއަރުވައިގެން ނާޒިމް ތިޔަ އުޅެނީ ކޮންބައެއްގެ ތާއީދު ލިބޭނެ ކަމަށް ހެއްޔެވެ. ހުކުމެއްކޮށް ޖަލުގައި ޔާމީނު އެއޮތީ ޔާމީނަށް އިންސާފު ކަށަވަރު ވާތީއެވެ. ދައުލަތް ދަވާލައިގެން ނިކުމެ އަނެއް ފަހަރު ދައުލަތް ދަވާލުމަށް ދުނިޔޭގެ ގާނޫނާއި އިސްލާމީ ޝަރީއަތުން ޖާގަ ނުދޭތީއެވެ. ވަގުން ތިބޭނީ ޖަލުގައެވެ. ރިޔާސީ ރޭހަކު ނޫނެވެ.

    ]]>
    Fri, 17 Feb 2023 20:56:10 +0500 ހީރަސް
    އިސްތިއުފާއަށް ގޮވާލެވޭ އަޑު އެއްވާނަކަށް ޖެހިދާނެ! https://heerasnews.com/1050 https://heerasnews.com/1050 ބަސްނުވިކޭ އޮޑިއެއްގެ ދިރުބަލުގައި ގިރިދަށްކަން ނަޝީދު މިހުންނަނީ ކީއްވެފާ ހެއްޔެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏެކޭ ނަޝީދެކޭ އެމްޑީޕީއަށް ތަފާތެއް ނެތެވެ. ޕާލަމަންޓްރީ ގްރޫޕްގެ ނިންމުމަކަށް ތަބައެއް ނުވެއެވެ. ގައުމީ މަޖިލީހުގެ ނިންމުމަކަށް ތަބައެއް ނުވެއެވެ. ކޮންގްރެސްގެ ނިންމުމަކަށް ބޮލެއް ނުލަނބައެވެ. އާއްމު މެންބަރުން ދޭވޯޓެއްގެ ނަތީޖާ ގަބޫލެއް ނުކުރެއެވެ. އެކަމަކު ޕާޓީގެ ރައީސޯލައެވެ. 

    އެމްޑީޕީގެ ގުނަން ތަކުގެ ނިންމުންތައް ބޮލާލާ ޖެހުމަކީ އެމްޑީޕީގެ ރައީސްގެ މަސްއޫލިއްޔަތަކީ ހެއްޔެވެ. އެތައް ހާސް ބަޔަކީ ތިމާ ކަމަށް ހެދިގެން އުޅުމަކީ ނަޝީދުގެ ޑިމޮކްރަސީ ހެއްޔެވެ. މެޖޯރިޓީއަކީ ނަޝީދުގެ ވިދާޅުބަސްފުޅު ހެއްޔެވެ. މުޅި ޕާޓީގެ އެންމެން ތިބޭން ޖެހެނީ ނަޝީދު އެޅިހާ ބަތަކަށް ރިހަ ވެގެން ހެއްޔެވެ. އެމްޑީޕީގެ ވެރިކަމެއްގައި ވެސް ގައުމުގެ ވެރިކަން ނުކުރާން ކަމަށް ހުވާކޮށްގެން ފެށި އިސްލާހީ ހަރަކާތަކީ ނަޝީދުގެ މުށުތެރެއަށް ތާއަބަދަށް އެމްޑީޕީ މަހާލުމުގެ ތެޔޮގުޅާ ސާދާއެއް ހެއްޔެވެ. 

    ހޮދުމުހުތާރު ވުމުގައި ނަންވާނީ މުގާބޭއެވެ. މައުމޫނަށް ކުރިހާ މަލާމާތާއި ފުރައްސާރަ ތިމާގެ އަނގައަށް ވަދެ ނިމިއްޖެއެވެ. ގަބީލާއެއް ޕަޕެޓެއް ވަކިނުވާ ވަރަށެވެ. އެމްޑީޕީ އުފެދުނީއްސުރެ ނަޝީދު ޖެހިހާ ބެރަކަށް އާއްމު މެންބަރުން ނެށިއެވެ. އިސްކޮށް އުޅުނު ފިކުރު ތަފާތު އެންމެންހެން ފައްސާ ނަގާލިއެވެ. އިބުރާމެން މުނައްވަރުމެން ގޮތް ދޫކޮށް ފަހަތައް ޖެހެލީ ނަޝީދުގެ ހަގީގީ ސޫރަ ކޮންމެވެސް ހިސާބަކުން ރައްޔިތުންނަށް ދައްކާލަން ތާއެވެ.

    ކާމިޔާބީގައި ހިތްތިރިކޮށް ނާކަމިޔާބީގައި ހިތްވަރު ގަދަކުރުމުގެ ފަލްސަފާއަކީ ނަޝީދު ނޫން އެހެން މީހުންގެ މައްޗަށް ހިނގާ އެއްޗަކީތާއެވެ. ފަހަތަށް ޖެހެން ޖެހޭތާ ފަހަތަށް ޖެހެން ޖެހެނީ ވެސް އެހެން މީހުނެވެ. މެޖޯރިޓީއަށް ތަބާ ނުވުމާ ގަދަބަސް ބުނުމުގައި ހައްދެއް ސުމާރެއް ނޯވެއެވެ. ކިތަންމެ މަވެތި ވިޔަސް މަހެއް ފަހާލާނެ މަހެއް ހުރެދާނެކަން މިއަދު އެބަ އެނގޭ ނޫންހެއްޔެވެ.

    ކުރިން އެމްޑީޕީގައި އުޅުނުހާ ހަރު ސިޔާސީ މީހުން އެކި ކަހަލަ ބަދުނާމުގައި ފައްސާނަގާލިއެވެ. އެކަމަކު އަބަދަކު އެންމެނަކު އެއްގޮތެއް ނުވާނެއެވެ. އެމްޑީޕީ ހިސޯރުކޮށް އޮބިއަޅުވައިގެން އުޅުނު ރޫހާނީ ލީޑަރު ވެސް ޕާޓީން ބާކީވެ މިއަދު އެކަހެރި ވެއްޖެއެވެ. މަގުބޫލުކަން ތެއްތިރީހަކަށް ޕަސެންޓައް ވެއްޓިއްޖެއެވެ. ފިކުރެއްގެ ދިރުމަކީ ހިޔާލީ ފޮލަޔަކަށް ވެނިމެނީއެވެ. ހަކުޅި ކުރިއަށް ކުޅެ، ކުޅޭ ކޮންމެ ކުޅިއަކީ މުއުޖިޒާތެއް ގޮތުގައި ދެއްކި ދުވަސް ފަހަނަ އަޅާ ހިނގައްޖެއެވެ. ބޭނުންވާ ގޮތަކަށް ޕާޓީގެ އެއްވެސް ގުނަވަނަކުން އެއްކަމެއްވެސް ފާހެއް ވަނީއެއް ނޫނެވެ. 

    ބޮޑާ ހެދުމާ ފުއްވުންނޫން ކަމެއް ޕާޓީގެ ރައީސްގައި ނެތެވެ. ހާކާ ބޮޑާ ބަލާ ލޮއްސަން އުޅޭނެ ބަޔަކު ދާދި މަދުވެއްޖެއެވެ.  މިއަދު ޕާޓީގެ ރައީސަކަށް ނަޝީދު ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނެގިޔަސް ބަހައްތަން ފެންނަކަމަށް ބޮޑު އަގުލަބިއްޔަތެއް ލިބުމަށްވުރެ ނުލިބުން ގާތެވެ. އެންމެ ފަހުން އެމްޑީޕީގެ ރައީސްގެ އިސްތިއުފާއަށް ގޮވާލެވޭ އަޑު އެއްވާނަކަށް ޕާޓީގެ ތެރޭގައި ހިފަމުން ދާންފަށައިފިއެވެ. 

    ]]>
    Thu, 16 Feb 2023 15:00:37 +0500 ހީރަސް
    ރައީސް ހޮވަން ކުރަންޖެހޭ ކަމެއް ކުރާނަން: ފައްޔާޒު https://heerasnews.com/1049 https://heerasnews.com/1049

    ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެ އެމްޑީޕީގެ ސްޓޭންޑް ސާފުކޮށް ދެއްވައިފިއެވެ. އެކަން ކުރުމަށް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން ޗެއާޕާސަން ފައްޔާޒު ދެއްވިއެވެ.

    ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުން ތަކެއް އެބަހުރި ކަމަށެވެ. ޑިމޮކްރެޓިކް ޕްރޮސެސްއެއްގެ ތެރެއިން ކަންކަން ނިމިގެންދާއިރު ހިޔާލު ތަފާތުވުންތައް ހުރުމަކީ ހިތާމަ ކުރައްވާ ކަމެކެވެ. ނަތީޖާއަށް އަންނަ ބަދަލަކާ ގުޅިގެން ހިތްހަމަނުޖެހުމަކީ އިންސާނީ ތޮބިއްޔަތެއްކަމަށް ފައްޔާޒު ދެކިވަޑައި ގަންނަވައެވެ. އެހެން އެކަން އޮތަސް ޕާޓީގައި އޮތް ސިސްޓަމް ކުރިއަށް ދާނެކަމަށް ޗެއަރޕާސަން ވިދާޅު ވިއެވެ. 

    ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެއްވުމަށް ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވަމުން ގެންދަވާނެކަމަށް ތަކުރާރުކޮށް ފައްޔާޒު ވިދާޅުވިއެވެ.

    އެމްޑީޕީ ހަރުދަނާކޮށް، ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް ހުންނަވާނެ ކަމަށާއި ޕާޓީގެ ގަވާއިދުތަކާއި އެއްގޮތަށް އަބަދުވެސް ކަންކަން ކުރިއަށް ގެންދަވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

    ]]>
    Thu, 16 Feb 2023 13:52:48 +0500 ހީރަސް
    ދިޔާނާ ލައްވާ ހާމިދު އަންނި ބަރަހަނާ ކުރުވަނީ https://heerasnews.com/1048 https://heerasnews.com/1048 އެމްޑީޕީ ރިޔާސީ ޕްރައިމަރީ ސައްހަނޫން ކަމަށް ބުނެ ކޯޓަށް ދިޔުމަކީ ބަޔަކު އިތުރަށް ފަލީހަތްވުމެވެ. ބަރަހަނާ ވުމެވެ. އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ރިޔާސީ ޓިކެޓް ހޯދަން ރައީސް ނަޝީދު ގައިވީދާތީ ދެރަވެއެވެ. ރައިސް ނަޝީދު ވެރިކަމަށް ފެންބޮވާފައި ހުރިވަރު ހާމަވުން ނޫން ކަމެއްް އެކަމަކުން ނުވެއެވެ.  

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ސައްހަނޫން ކަމަށް ބުނެ ކޯޓަށް ދާން އެންމެ ރަނގަޅު މީހަކީ ހަމަ ހާމިދު އަބްދުލްގަފޫރެވެ. އެމްޑީޕީ އެތެރޭގެ އިންތިހާބުތައް އެންމެ ބޮޑަށް އޮޅުވާލާ ގަޑުބަޑުކުރި މީހަކީ ހާމިދެވެ. ޕްރައިމަރީ ގަޑުބަޑު ކުުރާނެ ގޮތް ހާމިދަށް އެނގޭނެއެވެ. އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލުކަމުގައި ހުރެ 2008 ގެ ރިޔާސީ ޕްރައިމަރީގައި ވޯޓުއޮޅުވާލި ގޮތް ރަނގަޅަށް ހަނދާން ހުންނާނެއެވެ. އޭރުގެ ޕާޓީ ރައީސް ޑރ. މުނައްވަރުގެ މައްޗަށް ރައީސް ނަޝީދަށް ކުރި ހޯދާދިން ގޮތަށް އެހެން މީހުން ވެސް ކަންތައް ކުރާނެއޭ ހީވާނެ ތާއެވެ. ޕާޓީގެ ދަފުތަރުން މުނައްވަރުގެ ސަޕޯޓަރުން ކަނޑާ ބޭރުކޮށް އިންތިހާބު ފެލާލިހެން އެންމެނަކު ކަންތަކެއް ނުކުރާނެއެވެ.

    39000 މީހުނަށް ވޯޓު ދިނުމުގެ ހައްގު ގެއްލުވާލި ކަމަށް ބުނާއިރު އެބުނާ ބަޔަކު ތިއްބާ އެންމެ ފަހުން ނެގި ވޯޓުތަކުގައި ފިކުރުގެ ދިރުމުގެ ކަލްޓް ބޮޑު ބައްޔަކުން ބަލިވިކަން ދިޔާނާއަށް ނޭގިދާނެއެވެ. އެންމެ ފަހުން އޮތް ދާއިރާ އިންތިހާބުގައި އެބުނާ 39000 މީހުން ދަފްތަރުގައި އޮތެވެ. އެ އިންތިހާބުގައިވެސް ރައީސް ނަޝީދު ތާއީދުކުރި 80 ޕަސެންޓް މީހުން ވީ ބައްޔެވެ. ދެން އޮތް ޗެއަރޕާސަން އިންތިހާބުގައި އެކިޔާ 39000 މީހުން ތިއްބާ ރައީސް ނަޝީދާއި ޕާޓީގެ ލީޑަރޝިޕް އެއްކޮށް އިމްތިޔާޒް ފަހުމީއަށް ތާއީދުކޮށްގެން ހެސްކިޔާފައި ކުރި މަސައްކަތުން ރައީސް ނަޝީދުގެ ކޮޅުވީ ބައްޔެވެ. އެއްކަލަ 39000 މީހުން އޭރުވެސް ދަފުތަރުގައި އޮތެވެ.

    ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގެ ދުވަސްވަރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެންމެ ބާރަށް ދެއްކެވީ އެހެން ޕާޓީތަކުން މީހުން ވަދެ އެމްޑީޕީ ޕްރައިމަރީތައް ގަޑުބަޑުކުރާ ވާހަކައެވެ. ޕީޕީއެމުން އެއިންތިހާބާ ދިމާކޮށް އެތައް ހާސްބަޔަކު ޕްރައިމަރީ ވަކި މީހަކަށް ހޯދާދިނުމަށް އެމްޑީޕީއަށް ވަދެ ވޯޓުދޭކަމަށް ތަކުރާރުކޮށް ނަޝީދު ވިދާޅުވިއެވެ.

    އިލެކްޝަންސްގެ ދަފުތަރުގައި އެހެން ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީީހުންނަކީ އެމްޑީޕީ މެންބަރުންނަކަށް ނުވާނެއެވެ. އެހެން ޕާޓީތަކުން އެމްޑީޕީއަށް ހިޖުރަކުރި މީހުން ނަމަ އެމީހުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އިލެކްޝަންގައި ރަޖީސްޓްރީ ކުރުވާ ދަފްތަރު ސައްހަކުރުމަކީ އެމްޑީޕީގެ ސެކެރެޓެރިއޭޓްގެ މަސްއޫލިއްޔަތެކެވެ. އެތައް އަހަރެއް ވަންދެން ޕާޓީގެ ރައީސް ކަމުގައި ނަޝީދު ހުންނަވާ، ނައިބު ރައީސް ކަމުގައި ޝިފާޒް (ސިއްޕެ) ހުންނަވާ، ޗެއަރޕާސަން ކަމުގައި ހަސަން ލަތީފް ހުންނަވާ، ރަޖިސްޓްރާ ކަމުގައި ޝާހިދު (ސާބެ) ހުންނަވާ، ސްޕޯކްސް ޕާސަންއަކަށް އިމްތިޔާޒް ފަހުމީ ހުންނަވައިގެން ދަފްތަރު ސައްހަ ނުކުރައްވާ 39000 މީހުން އުނިކުރިއްޔޭ ނުކިޔާށެވެ.

    އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި އޮންނަ މީހުނަށް އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުގައި ވޯޓުނުލެވިގެން ކޯޓަށް ދިޔުމަކީ ލޮނު ހަކުރަށް ހަދަން އުޅުން ކަހަލަ ކަމެކެވެ. ޔާމީނުގެ ފާހަގަ ވެއްޓުމެކޭ މިކަމެކޭ ތަފާތެއް ނެތެވެ. ވެރިކަމައިގެން ބޫތު ކައިފާ ތިއްބަސް ބޮޑުވަރެވެ. ހަމަތެދެކެވެ. އެމްޑީޕީގެ ގިނަ މެންބަރުންނާއި ދިވެހި ގިނަ ރައްޔިތުން މިހާރު ތިބީ ރައީސް ނަޝީދަށް ވެރިކަން ދޭގޮތަކަށް ނޫނެވެ.

    އެމްޑީޕީގެ އިދާރީ ލީޑަރޝިޕް ބަދަލުވެ ޒަމާނުއްސުރެ އޮޅުން ބޮޅުން ބޮޑު ޕާޓީގެ ދަފްތަރު ގާނޫނީ ހަމަތަކުގެ މަތިން ގައުމީ މަޖިލީގުގެ ނިންމުމާ އެއްގޮތަށް އިސްލާހު ކުރުން ގޯސްވެގެން ހާމިދު ކޯޓަށް މިދިޔައީ ބޮޑު ބަރަހަނާ އަކުން ބަރަހަނާ ވާށެވެ.

    ]]>
    Thu, 16 Feb 2023 09:55:04 +0500 ހީރަސް
    ގަން އެއަރޕޯޓްގެ މަސައްކަތަށް ހުރަސްއަޅައި ކަޓުނަގަން ނޫޅޭ! https://heerasnews.com/1042 https://heerasnews.com/1042 ހިނގަހިގާ ހުންނަ ޕްރޮޖެކްޓްތަކަށް ދަނޑިބާނައިގެން ކަންކަން ހަލާކު ކުރަން ރައީސް ނަޝީދެއް ކަމަކު އުޅޭނެ ކަމެއްނެތެވެ. ރައީސް ސާލިހަށް އައްޑޫ ރައްޔިތުންގެ ގިނަ ބަޔަކު ކުރާ އިތުބާރު ކަނޑުވާލާ މި ސަރުކާރުން އައްޑޫއަށް ކަމެއް ކޮށްނުދެވުނުކަން ދައްކާ ނަފްރަތު އުފައްދަން ނޫޅޭށެވެ. ގަމު އެއަރޕޯޓް ޕްރައިވެޓައިޒް ކުރާ ވާހަކަ ދައްކަން މިހާރު މީ ކޮންވަގުތެއް ހެއްޔެވެ. 

    ރައީސް ސާލިހުގެ ތަރައްގީގެ ޕްލޭނެއް އައްޑުއަށް އެބައޮތެވެ. ރައީސް ސާލިހުގެ އައްޑޫ ޕްލޭންގެ މަސައްކަތްތައް ތަރުތީބު ވެގެން ކުރިއަށް އެބަދެއެވެ. ގަން އެއަރޕޯޓް ތަރައްގީކޮށް އެކަމަށް ކުރަންޖެހޭ މަސައްކަތް ވަނީ ފެށިފައެވެ. ދަނީ ކުރިއަށެވެ. 8000 އެނދުގެ އައްޑޫ ޓޫރިޒަމް ޕްލޭންގެ މަސައްކަތް ހުރީ މެކުހުގައެވެ. 

    ވަށާޖެހޭ ތަރައްގީގެ ޕްލޭނެއްގެ ދަށުން މުޅި އައްޑޫ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި ފުރިހަވެ ނިމޭނެއެވެ. ޓޫރިޒަމްގެ ފުރުސަތު ފަހިވެ ރިސޯޓްތަކާއި ސިޓީ ހޮތާތަކާއި ގެސްޓްހައުސްތައް ހުޅުވި އައްޑޫގެ އިގްތިސާދީ އިންޖީނު ބާރަށް ހިނގައި ގަންނާނެއެވެ. ފަތުރުވެރިންނާ ދަތުރުވެރިންނަށް މަތީފެންވަރުގެ ހިދުމަތް ލިބޭ އެއަރޕޯޓަކަށް ގަން އެއަރޕޯޓު ވާނެއެވެ. ހިތަދޫ ސީޕޯޓަކީ މުޅި ދެކުނު ސަރަހައްދުގެ ކަނޑުގެ ހަބަކަށް ވެގެން ދާނެއެވެ. ހިޔާލީ ވާހަކަ ތަކެއްގެ ގޮތުގައެއް ނޫނެވެ. އަމަލީ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ތާވަލާ އެއްގޮތަށް ބާރަށް ކުރިއަށް އެބަދެއެވެ. 

    އައްޑޫގެ ތަރައްގީއާއި ގުޅުންހުރި އަސާސީ ހިދުމަތްތައް ހުއްޓުމެއް ނެތި އެހެރަ ދަނީ ބާރަށް ކުރިއަށެވެ. ގަމުގެ ވައިގެ ބަދަރު ތަރައްގީ ވެގެން ދާއިރު ރިސޯޓްތަކާއި ސިޓީ ހޮޓާތަކާއި ގެސްޓް ހައުސްތައް ހުޅުވާ ހިންގޭ ވަރަށް އެތަންތަން ވެސް ނިމިގެން ދާނެއެވެ. ރައްޔިތުންނާއި ފަތުރުވެރިންނަށް އެންމެ ރަނގަޅު ފެންވަރުގައި އަސާސީ ހިދުމަތް ލިބި ސިއްހީ ގޮތުން މަތީފެންވަރުގެ ހިދުމަތް ލިބޭ ވަރަށް ހޮސްޕިޓަލް ތަރައްގީ ކުރެވެއެވެ. 

    ގުޅިފައިވާ މައި ރަށްތަކާއި ހުޅުމީދޫ ގުޅާލެވި، ދަތުރު ފަތުރުން މުޅި އައްޑޫ ގުޅުވާލައި، ހިތަދޫ ޕޯޓަކީ އާގު ބޯޓުފަހަރާއި ކްރޫޒް ލައިނަރު ފަދަ އުޅަދުތަކަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދެވޭ ދެކުނު ކަނޑުހަބް ކަމަށް ވާނެއެވެ.

    ސަރުކާރުން ވަށާޖެހޭ ތަރައްގީގެ ޕްލޭނެއް އެކުލަވާލާ ތަންފީޒު ކުރަން ފަށާފައި ވަނިކޮށް މަޖިލީހަށް ގަރާރެއް ލައިގެން އާއްޑޫގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވަން އުޅެނީ އައްޑޫ ރައްޔިތުންނަށް ހެވެއް އެދިގެނެއް ނޫނެވެ. ގަން އެއަރޕޯޓް ތަރައްގީގެ ޕްލޭނާ އެއްގޮތައް ތަރައްގީ ކުރަން ބޭނުންވާ ފައިސާ ހޯދާ ޓެންޑާކޮށް ބަޔަކާއި ހަވާލުކޮށްގެން މަސައްކަތުގެ އަމަލީ މަސައްކަތް ހިންގައި ގަންނަން ފަށާއިރަށް މި ޖަހަން ފެށީ ކޮން ސަކަރާތެއް ހެއްޔެވެ. ގަން އެއަރޕޯޓް ޕްރައިވަޓައިޒް ކުރާ ވާހަކަ މިހާރު ދައްކާ ޕްރެޝަރ ކުރާނީ އެއަޕޯޓްގެ މަސައްކަތް ކުރިއަނުދީ އެކަން ދިގު ދެންމުމަށެވެ. 

    މިސަރުކާރުން އައްޑޫ އެއަޕޯޓާއި މުޅި އައްޑޫގެ ތަރައްގީ ޕްލޭނާއި އެއްގޮތަށް ގެންގޮސް ނިންމަފާނެތީ މޭކަރާނެ ކަމެއްނެތެވެ. އަރާއިރު އަހުމަދު ރަޝީދުމެން މަޖިލީހުގައި ތިބެ ހިޔަލީމެން ކުންފުންޏަށް ކޮވިޑް ހާލަތުގެ ނާޖާއިޒު ފައިދާ ނަގަން ޖެހިފާޑަށް އައްޑޫ ރައްޔިތުންގެ ތަރައްގީއާއި ސަކަރާތް ޖަހަން ނުހަދާށެވެ. ޕްރައިވަޓައިޒް ކުރުމޭ ކިޔައިގެން އޭގެން ބައެއް ހިޔަލީ ރަޝީދަށް ދޭންވީ ހެއްޔެވެ. ސަރުކާރަށް ނުވާކަން ދައްކަން ގަން އެއަރޕޯޓްގެ މަސައްކަތަށް ހުރަސް އަޅާ ލަސްކޮށް ކަޓުނަގަން ނޫޅޭށެވެ. އެކަމެއް ނުވާނެއެވެ. 

    ]]>
    Wed, 15 Feb 2023 11:58:56 +0500 ހީރަސް
    ސަމަދުބެއަށް ބަދަލުދޭން ޖެހޭނީ ޕީޕީއެމުން.! https://heerasnews.com/1041 https://heerasnews.com/1041 އުމުރު  ބޯދަށަށްޖަހާ  ތަނެއްގައި  އިސްތައްޓެއް  އިނިއްޔާ  އެވެސް ހުދުވެއްޖެއެވެ،  ގައުމީލެއޭ  ކިޔާ  ނުކުތްއިރު  ލޭމައްޗަށް  ދާތީ  ކާހާ  ބޭހާ  ނުލައި  އުޅެވޭކަށް  ނެތެވެ.  ކޮލެސްޓްރޯލް  ހުރެއެވެ.  ހިތުގެ  ބަލި  ބޮޑެވެ.  ރާއްޖޭން  ނުކުރެވޭ  ބޭސްފަރުވާ  އެންމެ  ގިނަ  ދިވެހިން  ހޯދަނީ  އަވަށްޓެރި  އިންޑިއާ  އިންނެވެ. 

    ސިޔާސީ  ބޭނުމަށް  ސަރުކާރާ  ދެކޮޅަށް  ނެރެން   ގިނަ  ދިވެހިން  ދަހިކޮށްކާނެ  އެންގަޑެކޭ  ހީކޮށް  ޕީޕީއެމުން  އުފެއްދި  ކުލަ  އުފެއްދުމަކީ  އިންޑިއާ  އައުޓް  ކިޔާ  ވަތަނީ  ދެލަފްޒެވެ.  ފުލެއްބިތެއް  ހަގީގަތެއް  ނެތަސް  ލައްކަ  ބޮޑު  ވާހަކައެކެވެ.  އަމިއްލަ  ސިކުނޑިން  ވިސްނަން  ކަންނެތް  މީހުން ،  ސިޔާސީ  މީހުން  ނެރޭ  މިފަދަ  ހީލަތުގައި  ބެދޭލެއް  އަވަސް  ވާނެއެވެ.  އިސްލާމް  ދީނާ  ވަތަނާ  ގައުމާ  ދީނޭ  ކިޔައިގެން  އަތުރާލާ  ބަސްތަކުގެ  އަވާގައި  ޖެހޭ  މީހުން  އުޅެއެވެ. 

    މިފަދަ  ވާހަކަ  ތަކާ  ބަސްތައް  ނެރޭ  މީހުންގެ  ކިބައިގައި  ދީނަށް  ހުރުމަތެއް  ގައުމަށް  ލޯތްބެއް  ނެތްކަން  އެނގޭނީ  ވެސް  އެކަންކަމާ  މެދު  ވިސްނާލިއްޔާތާއެވެ.  ނުވިސްނާ  ތިބެ  އިވޭ  ބަސްތަކަކަށް  ވަޖިދުވެގެން  ދުއްވައިގަތީމައި  އަނގަވަތަށް  ވެއްޓި  ލިބޭ  ހުރިހާ  ގެއްލުމެއް  ލިބެނީ  ޚުދު  ތިމާ  އަށާ  ތިމާގެ  އާއިލާ  އަށެވެ.  މީގެ  އެންމެ  ތާޒާ  މިސާލަކީ  ޕީޕީއެމްގެ  ސަމަދު  ބެއަށް  މިފަހުން  ޖެހުނު  ދަތުރެވެ. 

    ވެރިކަމުގައި  ހުރެ  އިންޑިއާ  އާ  ހެދި  މޮޔަވެ  ފުރަމާނަ  ދަތުރުކޮށް  ބޮޑު  ވަޒީރު  މޯދީއާ  ކަރާ  ކަރުޖައްސާ  ގުޅުން  ބަދަހި  ކުރީ  ޔާމީން  ކަމެއް  ސަމަދޭބޭ  މެން  ވިސްނާކަށް  ބޭނުމެެއް  ނުވިއެވެ.  ވެރިކަން  ގެއްލުމުން  ސަރުކާރާ  ދެކޮޅަށް  މަގުތަކަށް  މީހުން  ގުޅަޖެއްސޭނެ  މޮޅު  ބަސްތަކެއް  ކަމަށް  ބަލާ  އިންޑިއާ  އައުޓޭ  ކިޔާ  އެއޮށް  ބޮޑު  ގައުމާ  ދެކޮޅަށް  ހަނގުރާމަ  އިއުލާން  ކުރީއެވެ. 

    ޑޮކްޓަރުންނާ  ޓީޗަރުންނާ  ނަރުހުންނާ  ދެންވެސް  ރާއްޖޭގައި  ހިދުމަތް  ކުރަން  ތިބި  އިންޑިއާ  ރައްޔިތުން  ހާރުވާ  ލަދުގަންނަވަން  ސަމަދޭބެމެން  ރޭނިދި  ނުނިދައެވެ.  ބޭރު ގައުމެއްގައި  ތިބި  ދިވެހިންނާ  ދެކޮޅަށް  އެ ގައުމުގެ  ބަޔަކު  އެހެން  ނުކުތީމާ  ގަންނާނެ  ބިރާ  ލަދު  ސަމަދޭބެ  މެން  ހިތަކަށް  ނުގެނެވެއެވެ. 

    ލަދެއް  ނެތިގެން  ނުކުމެ  އުޅޭ  އިރު  އޭގެ  ސަބަބުން  އިންޑިއާގައި  ދިރި  އުޅޭ  ދިވެހިންނަށް  އަތުވެދާނެ  ނުރައްކަލުގެ  ބޮޑުކަމެއް  ވެސް  ނުވިސްނައެވެ.  ދުނިޔޭގެ  ހުރިހާ  ތަނެއްގައި  ވެސް  ހަރުކަށި  ވަތަނީ  ހައްދު  ފަހަނަ  އެޅި  މީހުން  އުޅެއެވެ.  އިންޑިއާ  އިން  އޭގެ  ބަޔަކު  ލައްވަ  އެތަނުގައި  ދިރިއުޅޭ  ދިވެހިންނަށް  ހިތާމައެއް  ކުރިމަތި  ކުރުވަން  ލައްކަ  މަސައްކަތް  ސަމަދުބޭމެން  ކުރިއެވެ.

    ދިވެހިރާއްޖެ  އައުޓްކޮށް  ދިވެހިންނަށް  އެވަރަށް  ކުޑަމީސް  ކުރާ  އިންޑިއާ  ޕީޕީއެމްގެ  ދާއިރާ  ރައީސަކު  ބޭހަށް  ރާއްޖެ  އައިނަމަތާއެވެ. 

    ގައުމޭ  ކިޔާ  ނުކުމެ  އުޅޭ  އިރު  ހުރި  ހިތްވަރެެއް  އަޒުމެއް  ނެތެވެ.  ފިނި  ގަދަ  ކޮޓަރިއެކޭ  ބާރަޖާ  ގަނޑެކޭ  ކިޔާ  ޝަކުވާ  ބަނދެ  ރޮއެ  ހޭރުނީ  އެވެ. 

    ގައުމީ  ދިދައެއް  ހިފައިގެން  އެއަރޕޯރޓަށް  ބަލާދާނެ  ޕާޓީގެ  ވެރިޔަކު  ނުވިއެވެ.  އެވަރުން  ވެސް  ބުނީ  ގެއްލުމުގެ  ބަދަލު  އިންޑިއާ  އިން  ދޭންޖެހޭ  ވާހަކައެވެ. 

    ސަމަދޭބެ  ރަންކޮޅާއެވެ.  ތިޔަ  ޖެހުނު  ދަތުރުން  ގެެއްލުމުގެ  ބަދަލު  ހޯދަން  ބޭބެއަށް  ތިޔަ ލަގާ  ދިން  ޕީޕީއެމްގެ  ސެނެޓަށް  ދާށެވެ.  އެންމެ  ކައިރިން  ބާރަށު  ސުޖާއެވެ. ނައިފަރު  ސިޔާމާ  ތުރާކުނު  ސައީދާ  މޭޔަރު  މުއިއްޒާ  އަދުރޭ  އަތުން  ބަދަލު  ހޯދާށެވެ.  އެއީ  އެމީހުން  ކަލޭމެންނަށްދޭ  ލަގާއެވެ. 

    ޔާމީން  އަތަކުން  އެއްޗެއް  ނުލިބޭނެ  އެވެ.  ހުރިހާ  ރުފިޔާ  އާ  ޑޮލަރު  އުކުޅަށް  ޖަހައިގެން  ދައުލަތަށް  އެނުދީ  އޭނާ  އެއޮތީ  11  މައްޗަށް  11  އަށް  ކޮލިފައި  ވެގެން  މާފުށީ  ޖަލުގައެވެ.  ސަމަދުބެމެން  ގޭނި  ހުސްވާ  އިރު  ހުރިހާ  މޮޅެއް  އެމީހުންނަށެވެ.

    ]]>
    Tue, 14 Feb 2023 22:41:50 +0500 ހީރަސް
    އެމެރިކާގައި ބަޑީން ހަމަލާދީ 3 މީހަކު މަރާލައިފި https://heerasnews.com/1040 https://heerasnews.com/1040 އެމެރިކާގައި މީހަކު ބަޑިން ހަމަލަދީ ޔުނިވަރސިޓީއެއްގައި ތިން މީހަކު މަރާލައިފިއެވެ. މިކަން ހިނގީ މިޝިގަން ސްޓޭޓް ޔުނިވާސިޓީގައެވެ. ހަމަލާދިން މީހާ ޔުނިވާސިޓީގެ ދެ އިމާރާތާކަށް ބަޑިން ހަމަލާ ދީފައިވެއެވެ. ބަޑީގެ މިހަމަލާތަކުގައި އިތުރު ފަސް މީހަކު ވަނީ ޒަހަމްކޮށްލާފައެވެ.

    ޔުނިވަރސިޓީއަށް ބަޑީގެ ހަމަލާތައް ދޭން ފަށާފައިވަނީ މިޝިގަން ގަޑިން ހޯމަދުވަހުގެ ރޭ 8 ޖެހިއިރެވެ. އެއީ ރާއްޖޭ ގަޑިން މިއަދު ހެނދުނު 6 ޖެހި އިރެވެ. ހާދިސާގައި ޒަހަމްވީ ފަސް މީހުންނަށް މިހާރު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސް ކަމަށްވެއެވެ.

    ހަމަލާދިން މީހާ ފިލާފައިވާތީ އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއެވެ. ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔައިރު އެ ސަރަހައްދު ގައި ދިރި އުޅޭ މީހުން ބޭރަށް ނުނިކުތުމަށާއި ރައްކާތެރިވެ ތިބުމަށް އިރުޝާދު ދިނެވެ. ފުލުހުން އެމީހާ ހޯދުމަށް ކުރި މަސައްކަތުން އެމީހާ ފެނުއިރު އެމީހާ އޮތީ ޔުނިވާސިޓީ ކެމްޕަސްގެ ބޭރުގައި މަރުވެފައެވެ. ފުލުހުން ބުނާ ގޮތުގައި ހަމަލާދިން މީހާ މަރުވެފައި ވަނީ އަމިއްލައަށް ގަޔަށް ބަޑި ޖަހައިގެންނެވެ. 

    ހަމަލާތައް އޭނާ ދީފައިވަނީ ކީއްވެ ކަމެއް އަދި ފުލުހުންގެ ތަހުގީގަކަށް ނޭގެއެވެ. ތަންތަނަށް ބަޑިޖަހާ މީހުން މެރުމާއި ޒަހަމު ކުރުމަކީ އެމެރިކާގައި ވަރަށް ގިނައިން ހިނގާ ކަމެކެވެ. ހުސްވި އަހަރު ވެސް އެމެރިކާގައި މިފަދަ 648 ހަމަލާ ރިޕޯޓް ކޮށްފައިވާ ކަމަށްވެއެވެ. 

    ]]>
    Tue, 14 Feb 2023 13:58:16 +0500 ހީރަސް
    އެއްވެސް ކުޅިވަރެއް ބާކީ ނުކުރުންމުން ނަތީޖާ ރަނގަޅު https://heerasnews.com/1039 https://heerasnews.com/1039

    އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރާއްޖެއަށް ރަން މެޑަލް ވަނީ ލިބިފައެވެ. މިއީ ރާއްޖެއަށް ލިބުނު ވޮލީގެ ފުރަތަމަ ރަންމެޑަލެވެ. އެހެންނަމަވެސް 2008 ވަނަ އަހަރުން ފެށިގެން ބޮޑީބިލްޑިންގ މުބާރާތް ތަކުން ރާއްޖެއިން ރަންމެޑަލް ހޯދަމުން އާދެއެވެ. އެގޮތުން ޑިސެމްބަރު މަހު ބޭއްވި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ބޮޑީބިލްޑިންގ ޓީމް ވަނީ އެއް ރަން މެޑައްޔާއި، އެއް ރިހި މެޑަލްގެ އިތުރުން ހަތަރު ލޯ މެޑަލް ހޯދާފައެވެ. ބޮޑީ ބިލްޑިންގެ އެކި މިބާރާތުން މީގެކުރިން ރަންމެޑެލް ހޯދަމުން އަޔަސް ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ރަންމެޑަލް ހޯދި މިއީ ފުރަތަމަ ފަހަރެވެ.

    ރާއްޖޭގެ ބީޗު ވޮލީ ޓީމާއި ބޮޑީބިލްޑިންގ ޓީމުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވައި ޓީމުތަކުގެ މެމްބަރުންނަށާއި އޮފިޝަލުންނާއި އެސޯސިއޭޝަން ތަކަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ މަރުޙަބާ ވިދާޅުވެފައެވެ. އޭޝިއާގެ ސެންޓްރަލް ޒޯން ބީޗް ވޮލީބޯލް މުބާރާތުން ރަންމެޑަލް ހޯދި ރާއްޖޭގެ ބީޗު ވޮލީ ފިރިހެން ޓީމާ، އަދި ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލާއި ރިހިމެޑަލް އަދި ލޯމެޑަލް ހޯދައިދިން ބޮޑީބިލްޑިންގ ޓީމާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ކުޅިވަރެއް ބާކީ ނުކުރުން ކަމަށެވެ. ހުރިހާ ކުޅިވަރު ތަކަކަށް ވެސް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ. އެކަމުގެ ނަތީޖާވެސް ރަނގަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއެވެ.

    ރައީސް އޮފީހުގައި މަރުހަބާކިޔުމުގެ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފާއި ވޮލީ ބޯލް އެސޯސިއޭޝަނާއި ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ އިސްވެރިންނާއި ޓީމުތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ. މިބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ބީޗު ވޮލީ ޓީމާއި ބޮޑީބިލްޑިންގ ޓީމުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ޓީމުތަކުގެ މެމްބަރުންނަށާ އޮފިޝަލުންނާއި އެސޯސިއޭޝަންތަކަށް މަރުޙަބާ ވިދާޅުވިއެވެ. 

    ރައީސް ވިދާޅުވީ ކުޅުންތެރިންނަށާ އެތުލީޓުންނަށް އިތުރު ތަމްރީން ފުރުސަތުތައް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ. ބީޗް ވޮލީއާ ވޯޓަރ ސްޕޯޓްސްގެ ކުޅިވަރުތަކަކީވެސް ރާއްޖޭގައި ކުރިއަރުވައި ކާމިޔާބީތައް ހޯދޭނެ މުސްތަގުބަލް އޮތް ކުޅިވަރު ތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

    މީގެކުރިން އެކުޅިވަރު ތަކަށް ނުލިބޭ ސަމާލުކަމާއި، މާލީ އެހީތެރިކަން މިފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ގޮސްފައިވާކަން މިނިސްޓަރ އަހުމަދު މަހުލޫފާއި ވޮލީ ބޯލް އެސޯސިއޭޝަނާއި ބޮޑީބިލްޑިންގ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

    ]]>
    Tue, 14 Feb 2023 11:44:07 +0500 ހީރަސް
    އެސްޓީއޯގެ 578 އެޖެންޓުން https://heerasnews.com/1038 https://heerasnews.com/1038 ރާއްޖޭގެ ރަށްރަށުން ކާޑު ހުސްނުވެ ލިބެން ހުންނާނެ އިންތިޒާމް ހަމަޖެއްސުމަކީ އެސްޓީއޯގެ ފުރަތަމަ އަމާޒެވެ. ހުރިހާ ކަމަކަށްވުރެ އިސްކަން އެސްޓީއޯއިންދޭ ކަމަކީވެސް އެއީއެވެ. ރަށްރަށަށް ކާޑު ފޯރުކޮށް ދިނުމުގައި 578 އެޖެންޓުން މުޅި ރާއްޖޭގައި ހަރަކާތްތެރިވެއެވެ.

    މިއަހަރު ޖެނުއަރީ މަހު މާލެ ސަރަހައްދުން ލިބުނު 1601 އޯޑަރަށް ކާޑުގެ ބާވަތްތައް ފޯރުކޮށް ދިނެވެ. އަނެއް ކޮޅުން އެސްޓީއޯގެ 9 ރީޖަނަލް ފިހާރައަށް ވެސް ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ ހަކުރު ފުށް ފޯރުކޮށްދީގެން މުޅިރާއްޖޭގެ ހުރިހާ ހިސާބަކުން ދަތިކަމެއް ނެތި ކާޑު ލިބޭނެގޮތް ޖެނުއަރީ މަހުވެސް ހަދާދިނެވެ.

    މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 24152 ބަސްތާ ހަނޑުލާއި، 7893 ބަސްތާ ހަކުރާއި, 19595 ބަސްތާ ފުށް ރީޖަނަލް ފިހާރަތައް މެދުވެރިކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ކާޑުގެ ލިއްބައިދިނެވެ. ޖުމްލަކޮށް ހުސްވި ޖެނުއަރީ މަހު އެކަނިވެސް އެސްޓީއޯއިން ރާއްޖޭގެ ކަންކޮޅު ތަކަށް 89909 ބަސްތާ ކާޑު ފޯރުކޮށްދީފައިވެއެވެ.

    ]]>
    Tue, 14 Feb 2023 10:13:09 +0500 ހީރަސް
    ހަސަން ލަތީފަށް: ތިޔަ އުޅެނީ ޑްރަގް އެތެރެވާތީއެއް ނޫން https://heerasnews.com/1037 https://heerasnews.com/1037 ބައެއްގެ ހަސަދަވެރިކަން ބޮޑުވެއްޖެއްޔާ ދެކެވޭ ނުދެކެވޭ ވާހަކައެއް ނޭނގޭނެއެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭނެއެވެ. ބިރަކާނުލާ މަޖާކޮށް ހަދަން މާލޭގައި މަރުކަޒުތައް ހަދަން ގޮވަލާ މަޖިލީހުގެ ތެޅުމުގައި އެންމެ ބާރަށް ގުންފައިޖެހި ހަސަންލަތީފު މިއަދު މިދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ.

    ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވޭ ބޭރުމީހާ އުމުރަށް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮއްލުމުގެ އުސޫލު ކުއްވެރިކޮށް މަޖިލީހަށް މައްސަލަ ވައްދައިގެން ކުރާން ތިޔައުޅެނީ ކީއްކަން އެބައެނގެއެވެ. ތިޔަ އުޅެނީއްޔަކީ ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެވާތީ ކަންބޮޑުވެގެނެއް ނޫނެވެ. ސަރުކާރުގެ ކުށް ހޯދުމާއި ކުށް ދެއްކުމާއި ކުއްވެރި ކުރުމުގެ އެޖެންޑާގެ ދަށުން ނަފްރަތު އުފެއްދުމުގެ ސިލްސިލާގެ ބޮޅެއްކަން ނޭގެނީ ކާކަށް ހެއްޔެވެ.

    އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުން ތަކުގައި ބައިވެރި ނުވެ ޕީޖީ ގުރޫޕްގެ ނިންމުންތަކަށް އިދިކޮޅަށްވުރެ އިދިކޮޅުވެގެން ހަސަންކޮމެން ތިޔަ އުޅެނީ އެމްޑީޕީއާއި ގައުމީ މަސްލަހަތަށްވުރެ ރައީސް ނަޝީދުގެ ޕަޕެޓުންނަށް ވެގެންނެވެ. ރާއްޖޭގެ ރައީސްކަން ނަޝީދަށް ލިބޭގޮތަށް ފަހިވާހެން ކަންކަން އެމްޑީޕީގެ ތެރޭގައި ތަރުތީބުވާ ނަމަ މަސްތުވާ ތަކެތި އެތެރެކުރާ މީހާ ޑީޕޯޓްނުކޮށް ރައްޔިތަކަށް ހަދާ ޑިޕޮލޮމެޓިކް ޕާސްޕޯޓު ދިނަސް ހަސަންކޮމެނަށް އޯކޭވާނެއެވެ.

    ޓެކްސްފައިސާ ހަރަދުކޮށްގެން ވިހިފަންސަވީސް އަހަރު ބޭރުބަޔަކު ބަންދުގައި ބައިތިއްބައިގެން ދައުލަތުން ހަރަދުކުރުމަކީ ގޯހަކަށްވެ އެންމެން ޑީޕޯޓް ކުރަން ގޮވާނެއެވެ. އޭރަކުން ގާނޫނުގެ ބާރުކަނޑައިގެންނޭ ކިޔައިގެން ބޮންޑާމެން ފަނޑިޔާރުގެއަށް ދާކަށްވެސް ނޫޅޭނެއެވެ. ކާރުގެ ޑިކީގައި ކަޅުދަބަހުގައި ދިޔާ ހަދިޔާ އުފުލި އަލީ އާޒިމާއި ގިޓާމެންނަށް "މަސްތު" އެއީ ވާކަމެއްކަން ވެސް ނޭނގޭނެއެވެ.  

    އާނއެކެވެ. މަސްތުވާ ތަކެއްޗަށް ބަންދުވެފައި ހުރި ދޮރުތައް ހުޅުވޭ ވާހަކަ ދައްކަން އެންމެ ތާހިރީ ދޮންބިލަތް އަހުމަދެވެ. ތިމާގެ އެ ރޮނގަކުން މުޅި ގައުމަށް ނަންހިގި ފުޓްބޯޅައިން އަތް ދޮވެލަން ޖެހުނީ މަސްތުވާ އެއްޗެއް ހުވަފެނުން ވެސް ނުދެކޭތީއެވެ. 25 އަހަރުގެ ހުކުމެއް ބޮލު އަޅައިގެން ޖަލުގެ ތޭރިތަކުގެ ބިއްދަށަށް ވަންނަން ޖެހުނީ މަސްތުވާތަކެއްޗަށް ދެވި ނުހިފާތީއެވެ.

    ]]>
    Mon, 13 Feb 2023 13:59:44 +0500 ހީރަސް
    ޓޮމަށް: އިބޫ ހޮވޭނީ މީހެއްގެ މުއްޕަތަކުން ނޫން https://heerasnews.com/1033 https://heerasnews.com/1033 މާތްކަލާކޯ މިހިރަ ޓޮމާއެވެ. އުމުރު ހުސްވާއިރު ތިޔަ އުޅެނީ ޖެރީ އަތުނުވެގެންނެވެ. ބޯ ގާނަ ގާނައިގެން އަތުލަން ޖަހާ ކޮންމެ މަޅިއެއްގައި ބެދެނީ ޖެރީއެއް ނޫނެވެ. ޓޮމެވެ. ފޫޅުދިގު ހަންޑި ހެދިގެން ކަށްބޮލަށް ވެލިފުރުން ގިނަވެ ބީފާނުމެން ދުމަށިމަތީ އޮތް ތަގަރީގައި ކާށިކިރު ފެލާ ތެޔޮ ހޭނުން ނޫން ކަމެއް ނުކޮށް ބަޔަކު އިސްލާހު ޖާޑިއަށް ލީކަން ހަނދާނެއް ނެތް ދޯއެވެ.

    ބޮލަށް ބެރި ވެއްޓި ކުޅެން އުޅުނު ކުޅިން ހަރުތާކު ނުޖެހި ބޯޅަދަޑުން ސިޔާސީ ދަނޑަށް ފުންމާލީމާ ވީ ވަކި ކޮން މޮޅެއް ހެއްޔެވެ. ހޯދަން އުޅުނު މޮޅު ނުލިބި މާފުށީ ޖަލު ގިބުލަޔަށް ހަދައިގެން ފުމެ އެރިޔަސް ކުރާނީ ކީއްހެއްޔެވެ. ޓްވިޓަރ އަތްގަނޑުން ދޭތެރެއަކުން ފެން ނުހިފުނަސް ވާހަކައެއް ބުނެލައިގެން މޭ ހެޔޮކޮށް ލެވޭތޯ ބަލާށެވެ. މީހުނަށް ޓޮމަކީވެސް އުޅޭ މީހެއްކަން އެނގޭނެ ތާއެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. ޓޮމްމެން ކިޔާ ލަވަޔަކާ ބެރެއް ދިމައެއް ނުވެއެވެ. މިދާކަށް ދުވަހު އެމްޑީޕީ މީހަކަށް ވުރެ އެމްޑީޕީ ވެގެން ކަރުން ނާރު ނަގާފައި އުޅުނީމު ނޫން ހެއްޔެވެ. އުފަންކުރި މައިމީހާއަށް ވުރެ އަންނި ދެކެ ލޯބިވެގެން ހީވީ ލަވައެއްގެ ހަމަޔަށް ކޮރުލާ ލަނގެރި ފަޓަންނީން ތަކެއް ހެންނެވެ. ކަނިފުށި ކަލޭގެ ޖެހި ކޮކަޑިއަށް ވީވަރުވެސް ނުވެ ޓޮމް ބޮލަށްވެސް އެރީ ތެލެއް ނުން ހެއްޔެވެ.

    އަނެއްކާ މިހާރު ތިޔަ ދައްކަނީ ހުރާސާނުގައި ޗޭނު ޖަހާފައި އޮތް ދައްޖާލު ދޫކޮށްލާ ވާހަކަ ކަހަލަ ވާހަކަ އެކެވެ. ގާސިމޭ ނަޝީދޭ ނުކިޔާ ބަޅުރުއް ދަށުން ޓިކެޓް ވެއްޓޭތޯ ގުދަށް އޮވެބަލާށެވެ. ފަހަރެއްގައި ލައްވާލަފާނެއެވެ.

    ރައީސް ސާލިހު ވެރިކަމުގައި އެ ހުރިއްޔަކީ ވެސް ޓޮމާއި ޓޮމްގެ އައުވާނުންގެ ވޯޓަކުން ނޫނެވެ. މާމިގިލީ މީހަކަށް ގާސިމް ވިޔަކަސް މަހިބަދޫ ތޯރިގަކަށް ގާސިމް އިބުރާހީމްގެ ސިޔާސީ މިސްރާބު ހުރި ގޮތެއް ނޭނގޭނެއެވެ. ނުވެސް އަންގާނެއެވެ. ރާއްޖޭގެ ސިޔާސީ އުޑި އަނބުރަނީކީ ޓޮމްއާއި ޕީޕީއެމަކުންނޫނެވެ. ޓޮމްމެން މިހާރު ކުރާންވީ ކަމަކީ މާފުށީ ޖަލުވަށާ ވާތާވަންދެން އެނބުރުމެވެ. ރައީސް ސާލިހު ދެވަނަބުރަށް ދޭތޯ ނުދޭތީ ބަލަން އުޅޭނެ ކަމެއް ނެތެވެ. އިބޫ ދެވަނަ ބުރަށް ދިޔުމާއި ނުދިޔުން އޮތީ ޓޮމްގެ ބަނޑުވަލަކު ނޫނެވެ. އަދި އެހެން މީހެއްގެ ބަނޑުވަލަކުވެސް ނޫނެވެ.

    ]]>
    Sun, 12 Feb 2023 20:11:04 +0500 ހީރަސް
    ރައީސް ސާލިހު ނޫން ގޮތެއް ނެތް: ސައީދު https://heerasnews.com/1032 https://heerasnews.com/1032 ކުޑަގިރިއަކީ ނެތް ތަނެއް ކަމަށް ވެސް ބަޔަކު ބުނެފާނެއެވެ. ނުހުޅުވާ ތަނެއް ކަމަށް ވެސް ބުނެވި ދާނެއެވެ. އެހެނަސް ހަމަ ބުއްދި ހުރި މީހަކު ނަމަ ހަގީގަތް ގަބޫލު ކުރަން ޖެހޭނެއެވެ. ފެނަކައިގެ ހީވާގި އެމްޑީ އަހުމަދު ސައީދު މުހައްމަދު އެ ވިދާޅުވީ ރަނގަޅަށެވެ.

    ރައީސް ސޯލިހަކީ ކަޑަޖައްސަވާ ބޭފުޅެއް ނޫނެވެ. މަނިކުފާނަށް ކުރައްވަން އެންމެ ފަރިތަފުޅު ކަމަކީ މަޝްރޫއުތައް ނިންމައި އެކަމުގެ ރިބަން ކެނޑުއްވުން ކަމަށް ސައީދު އެ ވިދާޅުވަނީ ރައީސް ސާލިހުގެ ތަފާތު ނުކުރެއްވުމުގެ ސިޔާސަތު ހިންގަވާ ދެއްވުމުގެ އަމަލީ ތަޖުރިބާ ކުރައްވަމުންނެވެ. ސައީދުގެ މޭސްތރި ކަމުގެ ދަށުގައި ފެނަކައިން އެތައް ސަތޭކަ މަޝްރޫއެއް ހިންގަވާ ނިންމަވަމުންނެވެ.

    އެއްބަހެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ހުޅަނގަށް ކަނޑަޖައްސަވާ އިރުވައަށް ދިޔަދޮތްވާއި ތޮށަލިއަޅުއްވާ ބޭފުޅެއް ނޫނެވެ. ސައީދު ވިދާޅުވާ ގޮތުން ރައީސަކީ ނަމެއްގައި ބިންގަލެއް އެޅުމަށް ރުހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ރައީސް ސޯލިހުގެ އަރިހުގައި ބިންގާ އަޅުއްވަމުން ގިނަ ބިނާ ތަކެއް ކުރެއްވުމުގައި އުޅުއްވާ ފެނަކަ ސައީދު އެކަމަށް ހެކިވެ ވަޑައި ގަންނަވައެވެ. ސައީދު ވިދާޅުވާ ގޮތުން ރައީސް ސާލިހަކީ ކަން ކުރައްވައިގެން ރިބަން ކަނޑުއްވަން ނިކަން ފަރިތަފުޅު ބޭފުޅެކެވެ.

    ކުޑަގިރިއަކީ ވެސް އޭގެ މިސާލެކެވެ. ސައީދު ވިދާޅުވަގޮތުން ކުޑަގިރިއަކީ އަންނަން އޮތް ޖީލަށް ވެސް އުފާވެރިކަމުގެ ނިއުމަތެކެވެ. ކުޑަގިރިއަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި ލުއި ގޮތްތައް ގާއިމު ކުރުމަށް އެކަނި ވިޔަސް ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމަށް ސައީދު ދެކި ވަޑައިގަނެއެވެ.

    ސައީދު ވިދާޅުވަނީ ދިހަބާރަ އަހަރުވީ އިރު ކުޑަގިރި ފަދަ ޕިކްނިކް އައިލެންޑެއް މާލޭގެ ރައްޔިތުންނަށް ހޯއްދަވާ ދެއްވުނު ބޭފުޅެއް ރައީސް ސާލިހު ނޫނީ ނެތްކަމަށެވެ. މާލޭ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެވުނު ހަމައެކަނި ބޭފުޅަކީ ރައީސް ސޯލިހުކަމަށް ސައީދު ތަކުރާރު ކުރައްވައެވެ. އެހެން ކަމުން މަނިކުފާނު އެކަހެރި ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިއަށް އޮތް ދައުރުގައި ރައީސް ސޯލިހު ފަދަ ރައީސެއް ނުގެނަވުމަކީ ދިވެހންނަށް ލިބޭނެ އެންމެ ބޮޑު ހިތާމައަށް ވާނެކަމަށް ފެނަކަ އެމްޑީ އަހުމަދު ސައީދު މުހައްމަދު ޔަގީން ކަމާއެކު ވިދާޅުވެއެވެ.

    ]]>
    Sun, 12 Feb 2023 16:18:39 +0500 ހީރަސް
    ރައީސް ދެވަނަ ދައުރު ނަގާނީ ވައްޑެމެން ކިހިލިޖަހައިގެން https://heerasnews.com/1030 https://heerasnews.com/1030 ބޮކަށް ރަންފުއް މައްޗަށް އެރުނީމާ ލައްކަ ވައްވައް ޖަހާނެއެވެ. ނުމީހުން މީހުނަށް ވީމާ ގޮތްފޮތް ނެތޭނެއެވެ. މީހެއްގެ މޯހިރުން މެންބަރު ކަމެއްލިބިމުން ވޯޓު ދީގެންން ހޮވާދިން މީހުނަށްވުރެ ވިއްކަން އުޅުނު ފޮޓޯގަނޑަށް ސަޖިދަވެސް ކުރާނެއެވެ. ކަންކަން ތިމާއަށް މިންވަރު ކުރައްވަނީ ވަކި މީހެއްގެ ސަބަބުންނޭ ވެސް ހީވާނެއެވެ.

    ރައީސް ސާލިހުގެ ހެޔޮވެރިކަމުގައި ވެތުވެ ދިޔަ ހަތަރު އަހަރު ކުރެވިފައި ހުރީ އެއްކަމެއް ދެކަމެއް ނޫނެވެ. އުނގޫފާރު އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާއި ހަވާލުވީ ދުވަހު ޕޯޑިއަމުގައި އަނގަފުޅާކޮށްފައި ދެއްކި ވާހަކަ ވައްޑެ ހަނދާނެއް ނެތެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި ކުރެވިފައި ހުރި ކަންކަމާއި ކުރެވެމުންދާ ކަންކަން ލޮލަށް މިރުސްފެން އެޅިފައި ނެތިއްޔާ ފެންނާނެއެވެ. ފައުޅުކަން ބޮޑުކޮށް ފެންނަން ހުންނަ ކަންކަން ދެކިފެނި އަތުން ހިފީމާ މޭކަރާ ހަސަދަވެރި ވިޔަސް ވީކަމެއް ނުވާ ކަމަކަށް ނުވާނެއެވެ. ގައުބިހެއް އެޅިގެން އުޅެނީއޭ ކިޔާ ވާހަކަ ދައްކަނީ ލަދެއް ހަޔާތެއް ނެތީމައެވެ. https://twitter.com/waddey_/status ވައްޑެމެންގެ ފެންވަރަކީ އެއީއެވެ.

    ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އަށް ވެސް ވެގެން މި އުޅެނީ އެކަހަލަ ގޮތެކެވެ. ދާއިރާގެ ރައްޔިތުންގެ އިހުސާސަށްވުރެ ވައްޑެއަށް މުހިންމީ އަންނިއެވެ. ވާނީ އެހެންތާއެވެ. އެމްޑީޕީއާއި ދެކޮޅަށް ހަމަރޯޅިގައި ލިޔަން އުޅެނިކޮށް އަންނިއާއި ހަމައިން އެމްޑީޕީ ފެނިއްޖެއެވެ.

    އެމްޑީޕީ އުފައްދަން އެތައް ބަޔަކު ކުރަމުން އައި މަސައްކަތްތައް ހަމަރޯޅީގައި ފުރައްސާރަ ކުރަން އުޅުނު މީހަކަށް ނޭނގޭނެއެވެ. ފެންނާނީ ތިމާ ދެކޮޅުގައި ފުށް ޖައްސައިގެން ގެނެސް ގޮނޑިއެއްގައި ވަޑުވައި ދިންކަމަށް ހީކުރާ މީހާއެވެ. އެކަމަކު ވަކި މީހަކަށް ވުރެ އެމްޑީޕީ މާބޮޑެވެ. މީހާގައި ހަސް ނެތުމުން މީހެއްގެ ތޮއްވަރީގައި ހުރެ ނަށާ މާގަނޑަކަށް ހެދުނަކަސް ޑަރުހީވާ މީހަކު މިހާރަކު ނޫޅެއެވެ.

    ވުޖޫދުގައި ނެތްރަށެއް ހިއްކާ ކުޑަގިރި ޕިކްނިކް އައިލެންޑް މިއަދު މި ސަރުކާރުން ނުހުޅުވާ ކަމަކަށް ނުވާނެއެވެ. ރައީސް ސާލިހު ސަރުކާރުން ކުޑަގިރި ހިއްކާ ކުޑަ ބަޑޮސް ނެތްތަން މާލޭގެ ރައްޔިތުންނަށް ފޫބައްދާ ދިނީ ވައްޑެމެން އެގޮތަށް ފުރައްސާރަކޮށް ޕާޓީއަށް ހަރާން ކޯރުވަމުން ދަނިކޮށެވެ. ގައު ނަމަވެސް ބިހެއް އެޅޭނީ އެޅޭނެ ބިހެއް އޮތް ކުކުޅަކަށެވެ.

    ގިނަ ކެޔޮޅުން ތަކެއް އުފެއްދި ހިންނަވަރުގެ ދިވެހި މާކެޔޮޅަށް ވައްޑެ ބުނިހެން ދިވެހިރައްޔިތުން އިތުބާރު ކުރެއެވެ. ހިންނަވަރު މާކެޔޮޅު ކަތި މިސްރާބަކަށް ގައުމު ނުގެންދާނެ ކަމަށް ވައްޑެ ބުނިހެން ރައްޔިތުން ޔަގީން ކުރެއެވެ. ވައްޑެމެން ތިޔަހެން އަތަށް އޮޅުވާލައިގެން ކަންވާރުބޮޅު ނުފިލުވެގެން އުޅެނިކޮށް ހިންނަވަރު މާކެޔޮޅު ދެ ފަހަރަށް ރަސްއައިނަށް އަރާ ހައްސަބައިގެން ލަފާތަން ދެކެން ތިބޭށެވެ. ރައީސް ސާލިހު ދެވަނަ ދައުރު ނަގާނީ ވައްޑެމެން ކިހިލި ޖަހައިގެންނެވެ.

    ]]>
    Sat, 11 Feb 2023 20:54:08 +0500 ހީރަސް
    ފެންނަނީ ރައީސް ސާލިހުގެ ވައުދުފުޅުގެ ތެދުކަން https://heerasnews.com/1029 https://heerasnews.com/1029 ޖަޒީރާ ރަށްވެހިކަމުގެ ތަރައްގީގައި އިދިކޮޅު އެއްވެސް ލީޑަރަކަށް ރައީސް ސާލިހާ ވާދަ ނުކުރެއްވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމު ވިދާޅުވި ވިދާޅުވުމަކީ ވަރަށް ބޮޑު ތެދެކެވެ. ޖަޒީރާވަންތަކަމުގެ ތަރައްގީގެ ހަގީގަތް ރާއްޖޭގެ ކޮންމެ ރަށަކުން މިހާރު އެ އޮތީ ފެންނާށެވެ.

    ކޮންމެ 11 ދުވަހަކުން ސަރުކާރުގެ މަޝްރޫއެއް އެމްޓީސީސީން ހިންގާ ނިންމާ ކުޅަދާނަ އާރުކާޓީ އާދަމް އާޒިމަށްވުރެ ވަކީން ސާފުކޮށް ރާއްޖޭގެ ރަށްރަށަށް އަންނަމުންދާ ޖަޒީރާ ވަންތަ ހެޔޮބަދަލު ގާތުން ދެކޭނެ ވަކި އެހެން މީހަކު ނުހުންނާނެއެވެ.

    ހަމަތެދެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޒައާމަތުގައި އެމްޓީސީސީއަކީ ސަރުކާރުގެ އެންމެ ގިނަ މަޝްރޫއުތައް ހިންގި އަދި ހިންގަމުންދާ ކުންފުންޏެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ މި ދައުރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޓީސީސީން އެކަނި 135 މަޝްރޫއު ނިންމައި ހަވާލުކޮށްފައިވެއެވެ. 130 މަޝްރޫއެއް ނިންމުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އެބަދެއެވެ.

    އާދަމް އާޒިމް ވިދާޅުވާގޮތިގައި މި ފެންނަނީ ރައީސް ސާލިހުގެ ވައުދުފުޅުގެ ތެދުކަމެވެ. އެ ހާމަކޮށްދެނީ ރާއްޖޭގެ ތާރީހު ދުން އެންމެ ބަރާބަރު ސަރުކާރަކީ ރައީސް ސާލިހުގެ ހަމަހަމަ ސަރުކާރުކަމެވެ. މިއަދު ފެނިގެން މިދިޔައީ މާއުފަވެރި މަންޒަރެކެވެ.

    އީޕީއޭގެ ދިރާސަތާކަަށް ފަހު ހުސްވި އަހަރު ޖެނުއަރީ މަހު ހިއްކަން ފެށި ކުޑަގިރި ފަސް ހިއްކާ ނިންމިއެވެ. ކުރިން މާލޭގެ ރައްޔިތުން ދަތުރުދަމުން ދިޔަ ކުޑަބަނޑޮހަށް ވުރެ ކުޑަގިރި ދެގުނަ ބޮޑު ކޮށެވެ. ރަހުމެއް ނެތް އަތަކުން ކުދަ ބަނޑޮސް މާލެގެ ރައްޔިތުން އަތުން ދަމައިގަތުމުން ލިބުނު ހިތްދަތިކަމުގެ ތަސައްލީ ކުޑަގިރިން މިއަދު ލިބިގެން ދިޔައީ ރައީސް ސާލިހުގެ ކެތްތެރި ހިތްތިރި ތަފާތު ކުރުން ނެތް ހަރުދަނާ ސިޔާސަތާއި މަސައްކަތްޕުޅުންނެވެ.

    ]]>
    Sat, 11 Feb 2023 13:21:02 +0500 ހީރަސް
    މެޑަމް ފަޒްނާއާއި އެކު އިންސްޕަޔަރ ދޮންފަނު https://heerasnews.com/1026 https://heerasnews.com/1026 ކަނޑުތަކާއި ތިމާވެށްޓަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ސޮނެވާ ނަމޫނާއިން "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ބާއްވަތާ ދެއަހަރެވެ. ދެވަނަ އިންސްޕަޔަރ ޝޯ މިއަހަރު ބޭއްވީ ބ. ދޮންފަނުގައެވެ. ޝޯ ޝަރަފްވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެދަމް ފަޒްނާ އަހުމަދެވެ.

    ގޮނޑުދޮށުގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމުގެ އާދަ ދިރުވާ އާލާކުރާ ރައްޔިތެއް ދިރިއުޅޭ ރަށްތަކެއްގެ ގޮތުގައި ދެކެވަޑައިގަތުމަށް މެދަމް ފަޒްނާ ބޭނުންފުޅުވެ ވަޑައިގަނެއެވެ. ކަނޑަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި ބޭއްވި 2 ވަނަ "ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް" ޝަރަފުވެރި ކޮށްދެއްވަމުން މެޑަމް  އެހެން ވިދަޅުވީ ކަމުގެ މުހިންމު ކަމުންނެވެ.



    "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް 2" ބޭއްވީ ދޮންފަނު ރަށު ކައުންސިލާއި ސޮނޭވާ ނަމޫނާ ޖަމިއްޔާއާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށެވެ. މި ފެސްޓިވަލުގައި ގޮނޑުދޮށާއި ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއްގެ އިތުރުން ވޯޓަރ ޕޯލޯ މުބާރާތެއްވެސް ކުރިޔަށްގެންދިޔައެވެ.  އެކުވެރި ވާދަވެރި މާހައުލެއްގައި ރަށްފުށުގެ މުޖްތަމައުތަކުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދިނުމުގެ މަގުސަދުގައި "ޝޯ ޓު އޯޕަން ވޯޓަރ" ގެ ތެރޭގައި ވޯޓަރ ޕޯލޯ މުބާރާތެއް ބޭއްވިއެވެ. މުބާރާތުގެ ފައިނަލް މެޗު ފަށްޓަވައިދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.

    ދަރަވަންދޫ، ދޮންފަނު، ކިހާދޫގެ އިތުރުން ކަމަދޫ އަދި ނ. އަތޮޅު ކުޑަފަރީން ބައިވެރިވި 253 ޒުވާނަކަށް ތަމްރީނު ދީފައިވާ ސޮނެވާ ނަމޫނާގެ އިންސްޕަޔަރ ޕްރޮގްރާމްގެ ދަށުން ދަސްވެނިވި ސްވިމިން އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރުންގެ ކާމިޔާބީ ފާހަގަކޮށް މެޑެލް ދިނުންވެސް ފެސްޓުވަލްގައި އޮތެވެ.

    ސްވިމިން އެންޑް ވޯޓަރ ރެސްކިއު ޕްރޮގްރާމްއަކީ ކަނޑުފަޅުތަކަށް ލޯބި ޖައްސާ އެ ތަންތަން ހިމާޔަތް ކުރުމުގެ އާދަ އަންނަން އޮތް ޖީލުތަކުގައި އަށަގެންނެވުމަށް ހިންގާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކޮށް، އިންސްޓްރަކްޓަރުން މެދުވެރިކޮށް މި ރަށްރަށުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދެވެއެވެ.

    "އިންސްޕަޔަރ ޝޯ ޓު އޯޕަން ވޯޓަރ ފެސްޓިވަލް 2" ގައި އިންސްޓްރަކްޓަރުންގެ ހުނަރު ދައްކާލުމަށް ދޮންފަނު ބަނދަރު ސަރަހައްދުގައި ސިމިއުލޭޝަން ޑްރިލް ކުރިއަށްގެންގޮސްފައިވެއެވެ.  ސޮނޭވާ ނަމޫނާ ޖަމިއްޔާއާއި ދަ މޯލްޑިވްސް ސްވިމިންގ އެންޑް ލައިފް ސޭވިންގ ސްކިލްސް ޓްރެއިނިންގ ސްކޫލާއި ދޮންފަނު ރަށު ކައުންސިލާއި ރައްޔިތުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނަމޫނާ ސްވިމިންގ އެންޑް ވޯޓަރ ރެސްކިއު އިންސްޓްރަކްޓަރސް ގުޅިގެންނެވެ.

    ސޮނޭވާ ނަމޫނާ ޖަމިއްޔާއިން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށާއި ކަނޑުތަކަށް ލޯބިޖެއްސުމަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގެންގުޅޭ ސިޔާސަތުތަކަށް ތައުރީފުކުރައްވަމުން ފަތަން ދަސްކުރުމާއި މީހުން ސަލާމަތް ކުރުމަށް މޫދުގައި ގެންގުޅޭނެ ސަލާމަތީ ހުނަރުތައް ދަސްކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މެޑަމް ފަޒްނާ މި ފެސްޓިވަލްގައި އަލި އަޅުއްވާލެއްވިއެވެ.

    ]]>
    Sat, 11 Feb 2023 10:49:29 +0500 ހީރަސް
    ނަޝީދު ދަމާހާ ގުއިރޯނެއްގައި ގާސިމެއް ނުޖެހޭނެ! https://heerasnews.com/1025 https://heerasnews.com/1025 ނޫސްތަކުން ފަލަ ސުރުހީ ހޯދަން އަތްގުޅި ނުކާވަރުގެ ވާހަކަ ނުދައްކާށެވެ. ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ވަރަށް އެއްކަމެއްގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކުމަކީ ދޮގުވެރިކަމުގެ ސިއްކަ ތިމާގެ ނިއްކުރީގައި ޖެހޭކަމެކެވެ. އިތުބާރާއި އިހުތިރާމް ގެއްލޭ ކަމެކެވެ.

    ރައީސް ސާލިހުގެ ފަހަތްޕުޅަށް އޮނަރަބަލް ގާސިމު އިބްރާހީމް އަރާވަޑައިގަތަސް ނުގަތަސް ރައީސް ނަޝީދާއެކު ގާސިމު އިބްރާހީމް ސިޔާސީ މަސައްކަތްޕުޅެއް ކުރެއްވުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެކެވެ. ދެހާސް އަށެއްގެ ވަތަން އެދޭ އިއްތިހާދުގައި ލިބި ވަޑައިގެން ކެހި އޮނަރަބަލް ގާސިމު ހަނދުމަފުޅު ހުންނާނެއެވެ. ޕެރެޑައިޒް އައިލެންޑަށް ފުލުހުން އަރުވާ އެރިސޯޓުގެ ސްޕާ ބަންދު ކުރުވި ހަނދުމަފުޅު ނެތޭހާ ދުވަހެއް ނުވެއެވެ. ރީތިރަށަށް ފުލުހުން އަރުވަން ޖެހުނު ސަބަބު މަތިކުރި ގޮތް ހަނދުމަފުޅު ހުންނާނެއެވެ. މަސް ދުވަސް ނުވަނީސް ހޯމް މިނސްޓަރުކަން ދޫކޮށްލެއްވުމަށް މަޖުބޫރުވެ ވަޑައިގެން ގޮތް ސިކުނޑިފުޅުން ފިލާ ނުދާނެއެވެ.

    ޔާމީނާ އެއްގޮޅިއެއްގައި ދޫނިދޫގައި ހައްޔަރުކުރެއްވި ހަނދުމަފުޅު އާވެ އާލާވާނެއެވެ. ބޮޑުސޭޓުގެ ވަތްގަޑާ ދައުލަތުގެ ހަޒާނާ ގުޅުނީމާ ވާގޮތޭ ކިޔާ ކުރިހާ ފުރައްސާރަ ބިންވަޅު ނެގިފައި އޮންނާނެއެވެ. މާމިގިލީ ގޮނޑުދޮށުގައި މުންޑުބުރި އަނދެގެން ކަކުނި ކޮންނަން އޮތް ބީރައްޓެހި ގަބު ބޯނެއް ބުރުމާ ދިވެހި ވެރިކަމަށް ކުފޫހަމަ ނޫންކަމަށް ލީ ހަޅޭކުގެ އަޑު ކަނޑައިގެން ނުދާނެއެވެ. އުސްފަސްގަނޑުގައި ކުޑައި މީސްކޮށް މަނީމަނީ ޔޭސްސަރއޭ ގޮވާ ރައްޔިތުންގެ ހިތުގައި އުފެއްދި ނަފްރަތުން ހެދުނު ބާގަނޑުތައް ނުބެދެއެވެ.

    ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ލިބުނަ ނުދޭން ކުޅުނު ޗަރުކޭހުން ވީ ޑެމޭޖް ރިކަވަރއެއް ނުވެއެވެ. ރައީސް ސޯލިހުގެ ކޯލިޝަންގެ ޕާޓްނަރުންނާ ވީއެއްބަސްވުން ބާތިލުކޮށް ކޯލިޝަން ރޫޅާލަން ރައީސް ނަޝީދު ކުރެއްވި މަސައްކަތް ގާސިމަށް އޮޅިވަޑައެއް ނުގަންނަވާނެއެވެ. ކޯލިޝަން ޕާޓްނަރުންގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި ސިޔާސީ ބޭފުޅުންގެ ހަތަރެސްފައި ބަދެ ރައީސް ނަޝީދުގެ އައުވާނުން ލައްވާ ޖަރީމާތައް ހިންގުވާ ކޯލިޝަން ޕާޓްނަރުންނާއި ރައީސް އިސްތަށިފުޅުގައި އެޅުވިހާ ދޮގުތުހުމަތާއި ވަގު ބަދުނާމު އޮޅިވަޑައެއް ނުގަންނަވާނެއެވެ.

    ޖުމްހޫރީ ޕާޓީއާއި ގާސިމަށް އޮތްމޮޅު ވިދާޅުވެ ދެއްވަން ރައީސް ނަޝީދަކީ ކޮންބޭފުޅެއް ހެއްޔެވެ. ރައީސް ނަޝީދުގެ އެ ޒާތުގެ ކޮންމެ ރައުޔަކީ ދަންމަވާ ގުއިރޯނެއް ކަން ނޭނގޭ ދިވެއްސަކު ނުހުންނާނެއެވެ. އެހެން ދަންމަވާހާ ގުއިރޯނެއްގައި ޖެހި ވަޑައިގަންނަވާ ވަރަށް ވުރެ އޮނަރަބަލް ގާސިމް އިބުރާހީމަށް ކާކަކީ ކާކުކަން އެނގިވަޑައި ގަންނަވާނެއެވެ. ކޮށްފަނުކުރާނީ ކީއްކަން ރަނގަޅަށް ފަހުމްވެ ވަޑައިގަންނަވާނެއެވެ.

    ]]>
    Fri, 10 Feb 2023 12:18:22 +0500 ހީރަސް
    އެސްޓީއޯ : ރަށްރަށުގެ ތަރައްގީގެ ބައިވެރިޔާ https://heerasnews.com/1023 https://heerasnews.com/1023 ރަށްރަށުގެ ތަރައްގީގައި އެސްޓީއޯގެ ބައިވެރިވުން ދެވޭނެ ގޮތްތަކަކީ ކޮބައިތޯ އެސްޓީއޯއިން ބަލައެވެ. ކޮށްދެވެން ހުންނަ ކަންކަން ކޮށްދެއެވެ. ރަށުގެ ތަރައްގީގައި އެސްޓީއޯގެ ބައިވެރިވުން އެދޭ ރަށްރަށަށް ވެދެވެން އޮންނަ އެންމެ ބޮޑަކަށް އެހީތެރިވެދީ އެސްޓީއޯގެ ބައިވެރިވުން ރަށްރަށަށް ދަނީ ދެމުންނެވެ.

    ގއ. ދާންދޫ ކައުންސިލާއެކު އެސްޓީއޯ

    އަނެއްކޮޅުން ރަށްރަށުގައި އެސްޓީއޯއަށް ފުރުސަތުތަކަކީ ކޮބައިތޯ ބަލާ ވީހާވެސް ފުޅާ ދާއިރާއެއްގައި ރަށްރަށުގައި އެސްޓީއޯގެ ބައިވެރިވުމާ ކުރިއެރުން ހޯދުމަކީ އަމާޒެކެވެ. ރަށްރަށުގެ ވަޒަންވެރިންނަށް ވީހާވެސް ފާގަތި ފުރުސަތެއް އެސްޓީއޯ މެދުވެރިވެގެން ހޯދާ ދިނުމަކީ އެސްޓީއޯގެ މަގުސަދެކެވެ.

    ޝައުގުވެރިކަން ހުންނަ ރަށުކައުންސިލްތަކާ އެކު ވަކިވަކި ބައްދަލުވުންތައް ބާއްވާ ފުޅާ ދައިރާއެއްގައި މަޝްވަރާތައް ކުރެވެއެވެ. އެ ގޮތުން ދެރަށެއްގެ ކައުންސިލާއެކު މިއަދު ވެސް މަޝްވަރާތަކެއް އެސްޓީއޯގައި އޮތެވެ.

    ތ. ހިރިލަންދޫ ކައިންސިލާއެކު އެސްޓީއޯ

    ވަކިވަކިން ބޭއްވި މަޝްވަރާ ބައްދަލުވުންތައް އޮތީ އެސްޓީއޯ ހެޑް އޮފީހުގައެވެ. މަޝްވަރާ ކުރެވުނީ ތ. ހިރިލަންދޫ ކައިންސިލާއި ގއ. ދާންދޫ ކައުންސިލާއެކުގައެވެ. 

    ]]>
    Thu, 09 Feb 2023 17:41:27 +0500 ހީރަސް
    ދޮގުނުކުރެވޭނެ ހަގީގަތް: ކުދި އަދި މެދުފަންތި ވިޔާފާރި https://heerasnews.com/1021 https://heerasnews.com/1021 ޕްރައިވެޓް ސެކްޓަރަކީ ދިވެހި އިގްތިސާދުގެ ދިރުމެވެ. ޕްރައިވެޓް ސެކްޓަރގެ ވިޔާފާރި ކުރިއެރުވުމަށް މި ސަރުކާރުން ކަންކަން ނުކުރާ ކަމަށް ވާދަވެރިން އެބަބުނެއެވެ. ވާދަވެރިން އެބުނާ ބުނުމުގައި އެއްވެސް ހަގީގަތެއް ނެތްކަން ސާބީތުވާ އެންމެ ބޮޑު އެއް ހެއްކަކީ އެސްއެމްއީ ބޭންކެވެ. 

    އެސްއެމްއީ ބޭންކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިވެދޭ ދިނުމަކީ އެޅުނު އެންމެ ހަރުދަނާ އެއް ފިޔަވަޅެވެ. އެސްއެމްއީ ބޭންކް ކަށަވަރުކޮށް ދެނީ އުންމީދީ މަންޒަރެކެވެ. ޒުވާނުންނާއި އަންހެނުން އުފެއްދުންތެރިކަމުގާ ކުރިއަށްދާ ދިޔުމެވެ. މަސައްކަތްތެރިކަމާއި ވިޔަފާރީގައި ކުރިއަރާ ދާން އެދޭ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ދެމުން ދަނީ ކެނޑިނޭޅިއެވެ. 

    ކުދި އަދި މެދުފަންތީގެ ވިޔާފާރިކުރާ 1100 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެސްއެމްއީ ބޭންކުން މިހާތަނަށް ދޫކޮށްފައި ވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ލުއިލިބި އަންހެނުންނާއި ޒުވާނުން ފުދުންތެރިވެ ބާރުވެރި ވަމުން އެދަނީ ފަތުއަޑު ކިޔާފައެވެ.

    އަނެއް ކޮޅުން އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ބައިނަލްއަގުވާމީ ވާން ފެށިފެށުމަކީ ހެޔޮފާލެކެވެ. ޖަޕާންގެ ނަރީޓާ އަދި ކަންސާއި އެއަރޕޯޓުން އޯތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް މިހާރު އެހުރީ ލިބޭށެވެ. މިފެށުން ފުޅަވެގެން ގޮސް ކުރިއަށް އޮތްތަނުގާ ދުނިޔޭގެ އެކި ގައުމުތަކުން އޯތެންޓިކް ދިވެހި އުފެއްދުންތައް ލިބޭކަށް ލަހެއް ނުވާނެއެވެ. އޯތެންޓިކް މޯލްޑިވްސް ފިހާރަތަކަކީ މިފަދަ އުފެއްދުންތައް މާކެޓްކޮށް އެވިޔަފާރިއަށް ފަހިކަން ގެނެސްދިނުމުގެ ޕްލެޓްފޯމެވެ. އޭގެ ޒަރީއާއިން 2000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ދުނިޔޭގެ މާކެޓްގާ ޑިސްޕްލޭ ކުރެވޭނެ މަގު ފަހިވެއްޖެކަން ގައިމެވެ. ރައީސް ސާލިހު ވިދާޅުވާހެން މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން އޯތެންޓިކް މޯލްޑިވްސް ވިޔަފާރީގާ ހަރަކާތްތެރިވެއެވެ.  އޭގެ 57 އިންސައްތައަކީ އަންހެނުން ކަމަށް ވުމަކީ އަންހެނުން ފުދުންތެރިވެ ބާރުވެރި ވަމުން ދާކަމުގެ ދަލީލެކެވެ. 

    ރައީސް ސާލިހުގެ ހެޔޮވެރިކަން ފެނުނަސް ނުފެންނަ ކަމަށް ހަދާ އޮޅުވާލަން އުޅުނަސް އެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަކަށް އެކަމެއް އޮޅުވައެއް ނުލެވޭނެއެވެ. ވީކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. ސިޔާސީ ފިތުނައިގެ ހުޅުގައި އަދާ ހުލިވެދާނީ ހެޔޮވެރިކަމެއްގެ ހެޔޮކަން ލިބިގަންނަން ނޭނގޭ ހަސަދަ ވެރީންނެވެ.

    ]]>
    Thu, 09 Feb 2023 16:49:54 +0500 ހީރަސް
    ސްޓެލްކޯއާއި ސީ.އޯ.އައި.އައިގެ ބައްދަލުވުމެއް https://heerasnews.com/1018 https://heerasnews.com/1018 ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ލަތީފާއި އެ ކުންފުނީގެ ބައެއް އިސްވެރިން މިއަދު ވަނީ ކޮންފަޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީގެ ވިޔަފާރިވެރިންގެ ވަފްދަކާއި ބައްދަލުކުރައްވާފައެވެ.

    މި ބައްދަލުވުމުގައި އިޔާދަ ކުރެނިވި ހަކަތައާއި ފެނާއި ނަރުދާމާގެ ދައިރާއިން ހުރި ފުރުސަތުތަކާ ބެހޭގޮތުން ފުޅާ ދައިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން ކުނި މެނޭޖްކުރުމުގެ ދާއިރާއިން ހުރި ވިޔަފާރީގެ ފުރުސަތުތަކާއި ބެހޭގޮތުން މި ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ. 

    ]]>
    Wed, 08 Feb 2023 22:30:09 +0500 ހީރަސް
    މާލޭމޭޔަރުގެ 25 ކޮންސަލްޓެންޓުންނަށް: ވަގަށްކުރާ ހޭދަ https://heerasnews.com/1017 https://heerasnews.com/1017 މާލޭ މޭޔަރ މުއިއްޒަށް 25 ކޮންސަލްޓެންޓުން ނެތި މޭޔަރުކަން ކުރެވޭ ކަމަކަށް ނުވެއެވެ. ތަންތަނުން އަތްފުނާއަޅައިގެން ސިޔާސީ 25 މީހަކަށް ކޮންސަލްޓަންޓުންގެ ގޮތުގައި ދައުލަތުގެ ފައިސާ މުއިއްޒު އެބަ ހަރަދު ކުރެއެވެ. އެއިން ކޮންމެ މީހަކަށް ތިރީހަކަށް ހާސްރުފިޔާއަށް ވުރެ ގިނަފައިސާ މަހަކު ހޭދަ އެބަކުރެއެވެ. 

    ސިޓީކައުންސިލްގެ ރަސްމީ ދަފްތަރުގައި ނުހިމަނާ ކޮންޓްރެކްޓް އުސޫލުން ފަންސަވީހަކަށް މީހުނަށް މުއިއްޒު ހަރަދު ކުރަނީ ކީއްވެކަން ޕީޕީއެމްގެ ސެނެޓަރަކު އިތުބަރާއެކު ހީރަސްއަށް މައުލޫމާތުދިނެވެ. ސެނެޓަރ ވިދާޅުވާ ގޮތުގައި މުއިއްޒު މިކުރައްވާ މަސައްކަތަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް މުއިއްޒަށް ފޮރޮޅާލުމަށް ކުރެވޭ ހީލަތްތެރި މަސައްކަތެކެވެ. މުއިއްޒު ގެންގުޅުއްވާ ކޮންސަލްޓަންޓުންގެ ތެރޭގައި ޕީޕީއެމްގެ ބައެއްސެނެޓަރުންނާއި ދާއިރާ ރައީސުން ފަދަ ބޭފުޅުން ހިމެނެއެވެ. 

    ދައުލަތަށް އޮޅުވަލައިގެން ކޮންޓްރެކްޓް އުސޫލުން ސިޓީކައުންސިލަށް ފަންސަވީހަކަށް ކޮންސަލްޓެންޓުން ބޭނުން ވަނީ ކީއްވެކަން އެލްޖީއޭއާއި ރައްޔިތުންގެ މަޖިލީހާއި އޮޑިޓަރ ޖެނެރަލަށް އެގެން ޖެހެއެވެ. އޮޑިޓަރ ޖެނެރަލް މަލޭސިޓީ ކައުންސިލްގެ ފުރިހަމަ މާލީ އޮޑިޓަކާއި ޕާފޯމިން އޮޑިޓެއް ހަދަން އެބަޖެހެއެވެ. 

    ރާއްޖޭގެ ރައީސްކަމުގެ ހުވަފެން ދެކި ޕީޕީއެމްގެ ރޫހާވެސް ހިލާފަށް ރައީސް ޔާމީނަށް ސެނެޓުން އަރުވާފައިވާ ރިޔާސީ ޓިކެޓެއް ޖަހައިގަންނަން މުއިއްޒު ކުރާ މަސައްކަތް ހުރީ މެކުހުގައެވެ. ކައުންސިލްތަކާ ގުޅުން އުފެއްދުމުގެ ނަމުގައި ރަށްރަށުގެ ކައުންސިލަރުންނާ ބައްދަލުކޮށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދީފާ އޮތް އޮތުން ބާތިލުކޮށް ރިޔާސީޓިކެޓް މުއިއްޒަށް އަނބުރާލާފައި ނޫނީ މުއިއްޒު ނޭވާލާނެ ކަމަކަށް ނުވެއެވެ.

    ޕީޕީއެމްގެ ރިޔާސީ ޓިކެޓް ކޮންމެ މީހަކަށް ލިބުނަސް ފަރުވާލެއް ނެތެވެ. އެހެން ނަމަވެސް ކޮންޓްރެކްޓް އުސޫލުން ކޮންމެ މަހަކު 25 މީހުނަށް ދައުލަތުގެ ފައިސާ ހަރަދުކުރާ ކުރުމަކީ ކުޑަ މައްސަލައެއް ނޫނެވެ. އާއްމު ހިދުމަތުން ބޮޑު އަގުނަގާ ނިޒާމުން ބޭރުން ވަކިބަޔަކަށް ދައުލަތުގެ ފައިސާ ހެދަކުރުމަކީ ބޮޑު މައްސަލައެކެވެ. ދައުލަތުގެ މަލީ ސިޔާތާއި ހިލާފަށް ހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓް ތަކުން ވަކިބައެއްގެ ޖުރުމަނާ މާފުކޮށްދީ ހެދުމަކީ ގާނޫނީ ކުށެކެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީއެއް މާފުކޮށްދިނުމާއި ކަނޑާލުމަކީ ވަކި ހަމަތަކެއްގެ މަތީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައި އޮންނަ ބާރެކެވެ. ދައުލަތުގެ މާލީ މަސްލަހަތެއް އޮތްކަމެއް އަމްދުން ރައްޔިތުންނާ ސީދާގުޅިފައި ހުންނަ މާލީ ކަންކަން ދައުލަތުގެ ސިޔާސަތާ އެއްގޮތަށް ނޫނީ ކުރުމުގެ ހައްގެއް މޭޔަރަކަށްވެސް ނުއޮންނާނެއެވެ.  

    ]]>
    Wed, 08 Feb 2023 15:52:30 +0500 ހީރަސް
    ދައްޖާލު އޮންނަނީ ކަސްތަޅުއަޅާ ހައްޔަރުކޮށްފަ! https://heerasnews.com/1014 https://heerasnews.com/1014 2023 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޕީޕީއެމުން ގަބޫލު ނުކޮށްގެން ރައީސް ސާލިހު އެހުންނެވީ ފިއްކަޑައިގެން ގޮސްގޮހެވެ. އަޅެ ކިހާ ދެރަހެއްޔެވެ. ޕީޕީއެމުން އެކަން ގަބޫލުކުރާނެ ގޮތެއްވެސް އޮތީއެއް ނޫނެވެ.

    ޕީޕީއެމުން ރައީސް ސާލިހަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ގަބޫލު ނުކޮށްގެން އިބޫއަށް ރިޔާސީ ބަޔާން އިއްވުނީއެއް ނޫނެވެ. ރައީސް އޮފީހަށް ވެންނެވެނީއެއް ނޫނެވެ. އަމުރެއް މައުރޫފެއް ހިނގަނީއެއް ނޫނެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީވެސް އެތިބީ އިބޫއަށް ކުނި މޫނުދައްކާ ވެރިކަމުން ބާލައިގެނެވެ.

    އިބޫ ގަނޑުވަރުން ފޮށިތަންމަތި ބަންނަވައިގެން އެހުންނެވީ ހިންނަވަރަށް ވަޑައިގެންނެވެ. ސިފަޔަކު ފުލުހަކު ރައްކާތެރިކަމެއް ދެނީއެއް ނޫނެވެ. ދެރަކަމުގެ ކޮޅެއްނެތެވެ. ޕީޕީއެމުން ރިޔާސީ ބަޔާނަށް ޖަވާބުދާރީ ނުވެގެން އެބަޔާނަކީ އުދުނު އަތްދޮށް ފޮއްޗަށް ވެސް ކަމުނުދިޔައެވެ.

    އޭދަފުށީ ސަލީމާއި ނައިފަރު ޝީޔާމަކީ މަޖިލީހެވެ. ގާނޫނެވެ. ހަމައެވެ. ޝަރީއަތެވެ. އެމީހުން ބުނީމާ ރައީސް ރައީސަކަށް ނުވެއެވެ. ފަނޑިޔާރު ފަނޑިޔާރަކަށް ނުވެއެވެ. ގާނޫނު ގާނޫނަކަށް ނުވެއެވެ. ވައްކަން ވައްކަމަކަށް ނުވެއެވެ. ހުކުން ހުކުމަކަށް ނުވެއެވެ.

    ދައްޖާލުގެ އަޅުން ގަބޫލުކުރާ ގޮތުގައި ކަލަކީ ދައްޖާލެވެ. ދައްޖާލަށް ސައިކުރާކައްކާދޭ ބަޔަކު އުޅޭހެން ދައްޖާލުގެ ސުވަރުގެ އެދޭމީހުން ތިބެއެވެ. ކަލާނގެ ވަންތަވެގެން އުޅުނަސް ގިޔާމަތާ ޖެހެންދެން ދައްޖާލު އޮންނާނީ ހުރާސާނުގައި ކަސްތަޅު އެޅިފައެވެ. އެޔެކޭ މިޔެކޭ ތަފާތެއް ނެތެވެ.   

    ޔާމީނުގެ ބައިގަނޑު ދެކޭގޮތުގައި މިނިވަންކަމަކީ ޔާމީނެވެ. ތަރައްގީއަކީ ޔާމީނެވެ. ދީނަކީވެސް ޔާމީނޭ ހީވެއެވެ. އެ މީހުނަށް ރައީސުލްޖުމްހޫރިއްޔައަކީ ވެސް ޔާމީނެވެ. ރައީސް އޮފީހަކީ ޔާމީނު އޮތްތަނެކެވެ. އެތަނަކީ ޖަލެވެ. ރައީސް އޮންނާނީ ކަސްތަޅު އެޅިގެން ޖަލުގައެވެ.

    ]]>
    Wed, 08 Feb 2023 12:48:09 +0500 ހީރަސް
    އިބޫގެ ކުށަކީ ކޯލިޝަން ދެމެހެއްޓުން! https://heerasnews.com/1013 https://heerasnews.com/1013 ރާއްޖޭގެ ވެރިކަމުގެ މަސްއޫލިއްޔަތާ މީހަކަށް މިހާރު ހަވާލު ވެވެނީ ތަސައްވުރެއް އޮވެގެންނެވެ. ވައުދުތަކެއް ވެގެންނެވެ. ރައްޔިތުންގެ ގިނަ ބަޔަކު ރުހޭ ފޯމިއުލާއެއްގެ ތެރެއިންނެވެ. ރައްޔިތުންގެ ގިނަ ބަޔަކު ގަބޫލުކުރާ ޓީމެއް ސަރުކާރު ހިންގުމުގައި ޝާމިލު ކުރުމަކީވެސް ގިނަ ބައެއްގެ ރުހުން ލިބޭ އެއްބަހާއެވެ. 

    ސިޔާސީ ޕާޓީއެއް ވެރިކަމަށް އައުމަށް ރައްޔިތުންގެ ވޯޓު ލިބެނީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތްތަކަކަށް ކަންކަން ކުރަން އެއްބަސް ވާނަމައެވެ. ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް އެހެން ބައެއްގެ ބައިވެރިވުން ނެތި ވެރިކަމަށް އާދެވޭ ވަރެއް ނުވެއެވެ. އެހެން ބަޔަކު ބައިވެރި ނުކޮށް ވެރިކަމެއް ކޮއްލެވޭވަރުގެ އެއްވެސް ޕާޓީއެއް ނެތުމުން 2008 އިން ފެށިގެން އުފެދުނު ހުރިހާ ސަރުކާރެއް އުފެދިފައި ވަނީ އެހެން ޕާޓީ ތަކުގެ ބައިވެރި ވުން އޮވެގެން އެއްބަސްވެވޭ އެއްބަސްވުމެއްގެ ތެރެއިން ހޯދާ ތާއީދާއެކުގައެވެ. 

    2008 ގައި ވަތަން އެދޭ އިންތިހާދުން އެމްޑީޕީ އިސްވެ އޮވެ އުފެއްދި ސަރުކާރު ވެއްޓިގެން ދިޔައީ ވަތަން އެދޭ އިއްތިހާދު ރޫޅާލާ ހަމައެކަނި ރައީސަށް ފެނިވަޑައިގެންހާ ގޮތަކަށް ކަންކަން ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 2013ގެ ޕްރޮގްރެސިވް ކޯލިޝަން ސަރުކާރުވެސް ކޯލިޝަންގެ ގިނަ ބައިވެރިން އެއްފަރާތް ކޮށްލިއެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީނަށް ދައުރު ނިންމާ ލެއްވުނީ އަނިޔާވެރިކަމާއި ގޮށްމުށުގެ ބާރާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެންނެވެ. 

    2018ގައި ރައީސް ސާލިހު ވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުންނެވެ. އެމްޑީޕީއާއި ޖުމްހޫރީއާއި އަދާލަތާއި އެމްއާރުއެމް ގުޅިގެންނެވެ. ދިވެހިރައްޔިތުން ރައީސް ސޯލިހު އަރިހުން އެދުނީ އެ މީހުން ބައިވެރިކޮށްގެން ވެރިކަން ކޮށްދިނުމަށެވެ. އެގޮތް އެމްޑީޕީވެސް ގަބޫލުކުރީ އެ މީހުންގެ ތެރޭގައި ފެބްރުއަރީ 7 ގެ ބަގަވާތުގެ އިސް މޭސްތިރިން ވެސް ތިބިކަން އެނގިތިބެއެވެ. އެއްބަސްވެވެނީ 30 އަހަރުގެ ޒައީމާއި ޝޭހާއި ބޮޑު މަހުޖަނާކަން އެނގިތިބެއެވެ. އެކަންކުރީ ސަރުކާރުގެ ބޯކިބާ ބަހާނެ ގޮތްވެސް ކަނޑައަޅައިގެންނެވެ. ބާރު ހޯދަން ވީމާ ހޮދުމުހުތާރެއް ވަގެއް ދީނީއެއް ލާދީނީއެއް ނޯވެއެވެ. 

    ހާލަތު ބަދަލުވެ އާރާބާރު ލިބުމުން ވެރިކަން ހޯދުމުގައި ބައިވެރިވެ މަސައްކަތް ކޮށްދިން މީހުން ފޮޅާނުލުމަކީ ބައެއް އެމްޑީޕީ މީހުނަށް ރައީސް ސާލިހު ކަމުނުދާ ސަބަބެވެ. އެ މީހުންނަކަށް ކޯލިޝަން މެނިފެސްޓޯ އެއް އޮތްކަމެއް އެއްބަސް ވެވުނު ކަމެއް މިހާރަކު ނޭނގެއެވެ. ރައީސް ނަޝީދު، ރައީސް މައުމޫނާއި ގާސިމް އިބްރާހީމާއި އިމްރާން އަބްދުﷲއާއި އެކު ކޯލިޝަން އެއްބަސް ވުމެއްގައި ސޮއިކުރި ކަމަކަށްވެސް ނުވިއެވެ.

    އެހެނެއް ކަމަކު ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން ގޮތެއް ހަނދުމަފުޅު ނައްތައެއް ނުލައްވައެވެ. ރައްޔިތުން ރައީސް އަރިހުން އެދުނީ ވެރިކަން ކުރުމުގައި ޔާމީނު ބައިވެރި ނުކޮށް މައުމޫނާއި ގާސިމާއި އިންރަނާއި ނަޝީދާއެކު ވެރިކަން ކޮށްދެއްވާށެވެ. އެންމެ ބޭނުން ޖެހިފައިވާ ކަންކަމަށް އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ގައުމުގެ ހަމަޖެހުމާ އާންމު މަސްލަހަތާއި އަމާންކަން ދަމަހައްޓަވާ ދެއްވާށެވެ. އަޑުއެހުމާއި މަޝްިވަރާއާއި ދޫދިނުމާއި ހިފަހައްޓަންޖެހޭ އިންތަކާ މިންތަކުގާ ސާބިތުވެ ދެމިހުންނަވާށެވެ. އެކަން ވަރަށް މޮޅަށް ރައީސް އެބަކުރައްވައެވެ.

    ]]>
    Wed, 08 Feb 2023 10:55:18 +0500 ހީރަސް
    ދޮގުނުކުރެވޭނެ ހަގީގަތް: މީހުން ބިނާކުރުމުގައި އިބޫ https://heerasnews.com/1010 https://heerasnews.com/1010 ވަރަށް ބޮޑު ތެދުފުޅެކެވެ. ގައުމު އާރާސްތުވާނީ ޒުވާނުން ބިނާވެގެންނެވެ. އެކަމަށް އިސްކަންދީގެން ކުރާ ހާއްސަ މަސައްކަތްތަކެއް އެބަ ކުރެވެއެވެ. ތައުލީމީ ނިޒާމް މުޅިރާއްޖޭގާ އެއްހަމަކުރުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަ ކުރުމަށް ކުރެވޭ ގިނަކަންކަން ފާހަގަ ކުރަންޖެހެއެވެ. ރައީސް ވިދާޅުވާހެން ހެނދުނު ހެނދުނާ އިނގިލިކުރީލައިގެން ގެންގޮސް ދަރިފުޅު މަދަރުސާގެ ދޮރުން ވައްދަނީ ބޭނުމަކުއެވެ. ސްކޫލްތަކުގައި ކިޔަވަން ތިބި ދަރިވަރުންގެ އަދަދާއި ލިބެންހުރި ވަސީލަތްތަކާ ދިމާނުވުމަކީ ކުރިއްސުރެ އޮތް ދަތިކަމެކެވެ. ރައީސް ސާލިހު ސަރުކާރާ ހަވާލު ވަޑައިގެން އިރު އެކަން އޮތީ އެކި ތަންތާ އެކިވަރަށް ތަފާތުކޮށެވެ. ދަތި އުދަގޫތައް އިންތިހާގައެވެ.

    ސްކޫލުތަކުގެ ތަފާތު ކުޑަކޮށް ދަތިތައް ހައްލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ހުސްވި ހަތަރު އަހަރު ވަނީކޮށްފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގާ 1578 ކްލާސްރޫމް އިތުރު ކޮށްފިއެވެ. 85 މަލްޓިޕާޕަސް ހޯލް ދަނީ ނިމެމުންނެވެ. ތައުލީމީ ދާއިރާއާ ގުޅޭ އިތުރު 509 އުމުރާނީ މަޝްރޫއު އެދަނީ ހިނގަމުން ނިމެމުން ބާރަށް ކުރިއަށެވެ.

    އާދޭހެވެ. ފެންވަރު ރަނގަޅު ތައުލީމީ ނިޒާމެއްގެ ބިންގަލަކީ ފެންވަރު ރަނގަޅު މުދައްރިސުންނެވެ. މުދައްރިސުންނަށް ބޭނުންވެ ނުވެހުރި ވަރަށް ގިނަ ބޭނުންތައް މިވެރިކަމުގައި ފުރިހަމަކޮށް ދީފިއެވެ. އުފުލާލެވުނު މުސާރައިގެ ކުރިއެރުން އެކަނިވެސް ހެއްކަކަށް ފުދެއެވެ.

    އަނެއްކޮޅުން ހުރިހާ އަތޮޅެއްގާ މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތެއް ނެތް ނެތުން މިވެރިކަމުގައި ނިމުމަކަށް ގެނެސް  މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މިހާރު މަތީ ސާނަވީއަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދީފިއެވެ.

    ހަމަ އެހެންމެ ބިނާކުރަނިވި އާ ޖީލެއް އުފެއްދުމަށްޓަކާ އެޅުނު އެންމެ މުހިންމު ބިންގަލަކީ ހިލޭ ޑިގްރީ ޕްރޮގްރާމެވެ. ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހަމަ ކޮންމެ ދިވެހި ޒުވާނަކަށް މިއަދު އެބަ އޮތެވެ. 16315 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހަތަނަސް ބައިވެރި ވެއްޖެއެވެ. 6500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެ ނިމިއްޖެއެވެ.

    ކޮންމެ މަޔަކާ ބަފައަކާއި ބެލެނިވެރިއެއްގެ ރޭނިދި ގެއްލި ދިއުމަށް ތަސައްލީ ހޯދާދީފިއެވެ. އެކަމުގެ ކަންބޮޑުވުން މުޅި ރާއްޖެއިން ނައްތާލެވިއްޖެއެވެ.

    ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ލޯން ފުރުސަތަށް އެދޭ ދަރިވަރުންގެ އަދަދު ގިނައެވެ. އެދަރިވަރުންނަށް ފަހިކޮށްސަރުކާރުން ދޭ ލޯނުގެ އަދަދު އެތައް ގުނައެއް އިތުރުކޮށް ދީފިއެވެ.

    މިހާތަނަށް މިސަރުކާރުން 1986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނު ދީފިއެވެ. ކުރިން %5 ގައިހުރި އިދާރީ ފީ %1 އަށް ކުޑަކޮށްދީ ލޯނު އަނބުރާ ދެއްކުން 20 އަހަރަށް އިތުރުކޮށް ދީފިއެވެ. އަނެއްކޮޅުން ކުރީގެ ބޮޑު ރޭޓްގައި ދެއްކި ފައިސާ ވާނީ ޖުމްލަ ލޯނު އަދަދުން އުނިކުރެވިފައެވެ. އުފާވާ ކަމަކީ މީގެކުރިން ސްޓޫޑަންޓް ލޯނު ނަގައިގެން ކިޔެވި ކުދިންގެ ކަންބޮޑުވުންތަކެއް އަދިވެސް ހުރުމުން އެ ބުރަތައް  ކުރިއަށް އޮތްތަނުގައި ލުއިކޮށްދިނުމަށް ރޭވިފައި އޮތަތީއެވެ.

    6000 އަށްވުރެ ގިނަ ހުނަރުވެރިން ވަޒީފާގެ ބާޒާރާ މަސައްކަތު މާހައުލަށް ފައްކާ ކުރެވެމުން ދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖޫނިއަރ ކޮލެޖްތަކާއި ޓިވެޓް ސެންޓަރުތަކާއި ޕޮލިޓެކްނިކް ސެންޓަރުތައް ގާއިމްކުރަމުން ދަނީ ފަތުއަޑު ކިޔާފައެވެ. އެގޮތުން ރ. އަލިފުށީގެ ޓިވެޓް ސެންޓަރާއި ހއ. ދިއްދޫ ގެ ޖޫނިއަރ ކޮލެޖްގެ ޢަމަލީ މަސައްކަތް އެދަނީ ހިނގަމުންނެވެ. ކ. ތުލުސްދޫ ޕޮލިޓެކްނިކް ސެންޓަރާއި ނ. ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖް މިހާރުވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ. ކުޅުދުއްފުއްޓާއި ފުވައްމުލަކު ޓިވެޓް ސެންޓަރާއި ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަސައްކަތް އޮތީ ކުރިއަށެވެ.

    ޝުކުރުވެރިކަމާ އެކު ރުހުމުގެ ލޮލަކުން ނުދުއްޓަސް މިހުރީ ނުހިނގާ ކަންކަމަކަށް ނުހެދޭނެއެވެ.  ދެކޭ އެއްވެސް މީހަކަށް ދޮގުނުކުރެވޭނެ މި ހަގީގަތްތައް އެހުރީ ދިމާލަށް ފެންނާށެވެ.

    ]]>
    Tue, 07 Feb 2023 14:54:48 +0500 ހީރަސް
    ނައިބު ރައީސްގެ ރެކޯޑްވެސް ރައީސް ސާލިހަށް https://heerasnews.com/1009 https://heerasnews.com/1009 އަދަކީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނުތާ 11 އަހަރު ފުރުނު ދުވަހެވެ. މިއަދާ ގުޅިގެން ހަނދާނަށް އަންނަނީ ނައިބު ރައީސްސުންގެ ވާހަކައެވެ. 2008 ގައި އަމަލު ކުރަންފެށި އައު ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި އުފެދުނު ސަރުކާރަކަށް މީގެ ކުރިއަކުން އެއް ނައިބު ރައީސަކާއެކު ދައުރެއް ފުރިހަމައެއް ނުކުރެވެއެވެ. ރައީސް ނަޝީދުގެ ސަރުކާރު ވެއްޓާލުމުގައި ނައިބުރައީސްގެ ދައުރު ވަރަށް ބޮޑެވެ. ރައީސް ޔާމީނަށް ދައުރެއް ނިންމާ ލެއްވުނީ ދެ ނައިބުން ބޭރުކޮށް 3ވަނަ ނައިބު ރައީސާއި އެކުގައެވެ.

    ރައީސް ސާލިހުގެ ވެރިކަމުގައި އެބާގަޑެއް ނުހެދުނެވެ. އެހެނަސް އެމަގަށް ރައިސް ސާލިހުގެ ވެރިކަން ފޮރޮޅާލަން ބަޔަކު އެބައުޅެއެވެ. ރައީސް ސާލިހުގެ މަގާމުގެ ގާނޫނީ ހައިސިއްޔަތާއި މެދު ޝައްކު އުފައްދަން އެބައުޅެއެވެ. މާ ބޮޑެތި ސިޔާސީ ވެރިންނަށް ވެގެން ރައްޔިތުންނަށް އޮޅުވާލަން އަދުރޭމެން މި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. ޕީއެންސީ ކިޔާ ސިޔާސީ ޕާޓީގެ ލީޑަރ އަދުރޭއަށާއި އިދިކޮޅަށް ގާނޫނު އަސާސީއެއް ނޭގެއެވެ. ގާނޫނު އަސާސީގައި ބުނާ އެއްޗެއް ފަހުމެއް ނުވެއެވެ. ސްޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލިސްގެ ރައީސްއަކީ ވެސް އަދުރޭމެންގެ ކުރިމަތީގައި މަރުމޯލުންނެވެ. 

    ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކުރިމަތިވެ ވަޑައިގެން އާލާސްކަންފުޅަކާއި ގުޅިގެން ރައީސް ކަމުގެ ވާޖިބުތަކުން ވަގުތީ ގޮތުން ތަނާޒިލުވެ ވަޑައިގަތީ ގާނޫނު އަސާސީއާއި އެއްގޮތަށެވެ. ގާނޫނު އަސާސީ ބަޔާންކޮށްފައިވާ އިޖުރާއީ ތަރުތީބުން ކުރައްވަން ޖެހޭ ކަންކަން ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތަކާއި ހަވާލުވެ ވަޑައިގަތީ ވެސް ގާނޫނު އަސާސީގައި އޮތް ގޮތަށެވެ. ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތަކާއި ހަވާލުވެ ވަޑައިގަތުމަށް މަޖިލިސްގެ ރައީސްގެ ކުރިފުޅުމަތީގައި އުއްތަމަފަނޑިޔާރު ހުވާލާދެއްވީ ވެސް ގާނޫނު އަސާސީގައި އެކަން އެ ގޮތަށް ކުރަން ބުނެފައި އޮވެގެންނެވެ. 

    ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތަކާއި އަލުން  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހަވާލު ވަޑައިގަތީ ވެސް ގާނޫނު އަސާސީ ބަޔާންކޮށްފައި އޮތް ގޮތަށެވެ. އެކަމުގައި ނުކަސިޔާރު ގާނޫނު އަސާސީއާއި ތައާރަޒުވާ އެއްވެސް ކަމެއް ހިނގަފައި އޮތްނަމަ ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދު ލޯމަރުއްވަލައްވައިގެން ނުހުންނެވީއެވެ. އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނު ހަނު ނުހުންނެވީހެވެ. އަމްދުން އާރާ ބާރު ލިބި ވަޑައިގަތުމުން ނައިބުރައީސް ފައިސަލް ނަސީމަކީ ދައުރުގެ ބާކީ އޮތްބައިގައި ރައީސްކަން ކޮށްލައްވަން ލިބި ވަޑައިގެން ވަގުތު އެކަން ނުކުރައްވާ ފޭވެ ވަޑައިގަންނަވާ ވަރުގެ މޮޔައެއް ނޫނެވެ. 

    ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރައީސް ކަމުގެ ވާޖިބު ތަކުން ވަގުތީ ގޮތުން ތަނާޒިލުވެ ވަޑައިގަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާ ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތަކާއި ޒިންމާތައް ހަވާލު ކުރެއްވި ކުރެއްވުމުން ލިބުނު ފިލާވަޅު ތަކެއް އެބައޮތެވެ. ރައީސްއާއި ނައިބު ރައީސްގެ ގުޅުމުގެ ވަރުގަދަކަމެވެ. އެކަކު އަނެކަކަށް އޮތް އިތުބާރެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނުގެ ނައިބުރައީސުން ފަދަ ހަރާންކޯރު ނައިބު ރައީސަކަށް ރައީސް ސާލިހުގެ ނައިބު ރައީސް ނުވިކަމެވެ. ނައިބު ރައީސް ބަދަލުނުކޮށް ރިޔާސީ ދައުރެއް ނިންމަލެވޭ ފުރަތަމަ ރައީސަކަށް ވަޑައިގަތުމުގެ ރެކޯޑް ރައީސް ސާލިހު ގާއިމު ކުރެއްވުމެވެ. 

    ]]>
    Tue, 07 Feb 2023 08:36:15 +0500 ހީރަސް
    ނައިފަރު ޝިޔާމަކީ ސްޕްރީމްކޯޓެއް އުއްތަމަ ފަނޑިޔާރެއްނޫން! https://heerasnews.com/1008 https://heerasnews.com/1008 ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނޫންކަމަށް ނައިފަރު ދައިރާގެ މެންބަރު އަހުމަދު ޝިޔާމް ނޫސްވެރިންގާތުގައި މިއަދު ބުނެފިއެވެ. އެބުނި ބުނުމުން އަހުމަދު ޝިޔާމް އިސްވެ ހުރެ ސިޔާސީ ހަރަކާތުގެ ނަމުގައި އެ ހިންގަނީ ދައުލަތާ އިދިކޮޅު ހަރަކާތް ތަކެއްކަން ވަރަށް ރަނގަޅަށް ސާބިތެވެ. ތިމާގެ ސައިޒު އޮޅި ރައްޔިތުންގެ އަޑު އުފުލަނީ ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައާއި މަޖިލީހުން ބޭރުގައި ޝިޔާމާއި އޭނާގެ ބައިވެރިން އެހިންގަނީ ސުލްހަވެރި ސިޔާސީ ހަރަކާތް ނޫންކަން އަމިއްލަ ދުލުން އެހުރެ އިއުތިރާފް ވަނީއެވެ.

    ޅ. ހިންނަވަރު ނޫރާނީއާގެ އިބްރާހީމް މުހައްމަދު ސާލިހަކީ ދިވެހި ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށް 2018 ގައި ދިވެހިރައްޔިތުން ހޮވާފައިވާ ރާއްޖޭގެ ގާނޫނީ ރައީސެވެ. އެ މަނިކުފާނުގެ ދައުރު ހަމަވާނީ 11 ނޮވެންބަރ 2023 ގައެވެ. އެ މަނިކުފަނުގެ ރައީސް ކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ރާއްޖޭގެ ރައްޔިތުން މަޖިލީހުގައި ސުވާލު އުފައްދާ އިތުބާރު ނެތްކަމުގެ ކުޑަވެސް ކަމެއް ހިނގާފައެއް ނުވެއެވެ. ރާއްޖޭގެ ރައީސް ކަމުގެ ޝަރުތެއް އުނިވެ ރައީސް ކަމުގެ ލެޖިޓަމަސީއާއި ގުޅޭ އެއްވެސް ދައުވާއެއް ޝަރީއަތެއް ހުކުމެއް މިހާތަނަކަށް ނެތެވެ. ގާނޫނުގައި ބަޔާންވެފައި ނެތް ގޮތަކަށް ހިނދުކޮޅަކަށް ވެސް މަގާމުން ތަނާޒުލްވެ ވަޑައިގެންފައެއް ނެތެވެ. ނައިފަރު ޝިޔާމްމެން ކިތަންމެ ނަފްރަތު ކުރިޔަސް އިބްރާހީމް މުހައްމަދު ސާލިހަކީ މި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާއެވެ. 

    ރައްޔިތުންގެ މަޖިލީހުގައި ކިތަންމެ ވަރަކަށް ޕީޕީއެމް ޕީއެންސީ ސިޔާސީ ޗަރުކޭސް ކުޅުނަސް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ގާނޫނީ ހައިސިއްޔަތާއި މެދު ރައްޔިތުންގެ ތެރޭގައި ދައްކަނީކީ ލޯމަރާލައިގެން ތިބެވޭ ޒާތުގެ ވާހަކައެއް ނޫނެވެ. ހަނި އަގުލަބިއްޔަތަކުން ނައިފަރު ދާއިރާގެ ގޮނޑި ލިބިފައި އޮތަސް ނައިފަރު ދާއިރާގެ މެޖޯރިޓީ އޮތީ ޝިޔާމާ އެއްކޮޅަކަށް ނޫނެވެ. ޝިޔާމް ތިޔަ ދައްކަނީ ނައިފަރު ދައިރާގެ ރައްޔިތުންގެ މެޖޯރިޓީ ދައްކަން ބޭނުންވެގެން ދައްކާ ވާހަކައެއް ނޫނެވެ. އަދި ޝިޔާމަށް ވޯޓުދީގެން ހޮވި ގިނަ މީހުން ދައްކަން ބޭނުންވާ ވާހަކައެއް ވެސް ނޫނެވެ. ޝިޔާމު ހިތުން ޝިޔާމުގެ ދުލުން ނިކުންނާނީ ރައްޔިތުންގެ އަޑެވެ. އެހެނެއް ނުވާނެއެވެ. 

    ދައުލަތުގެ އެންމެ މަތީ މަސްލަހަތަށް އިހުތިރާމް ނުކުރާ މެންބަރަކީ މެންބަރެއް ނޫނެވެ. މަޖިލީހުގެ ބަލައިގަނެ ގަބޫލުކޮށްފައިވާ ކަމެއް އަމިއްލަ އެދުމުން ފޯވެފާ ތިބި ޝިޔާމުމެން ކަހަލަ ރޮނގާއްޔަށް ބަދަލު ކުރެވޭހެއްޔެވެ. ނުކުރެވޭނެއެވެ. މެޖޯރިޓީއަށް ތަބާނުވެ ބޮކިޖަހަޖަހާ ތިބެން ޖެހޭނީ ބޭރުގައެވެ. މަޖިލީހުގެ ނިޒާމު ގެއްލުވައިލާ މެޖޯރިޓީގެ ހައްގު ގެއްލުވައިލަން ފުމެންޏާ ތިބެން ޖެހެނީ ދަނޑުން ބޭރުގައެވެ. ރަތްކާޑު ދައްކާ ބެންޗުން ބޭރު ކުރަން ޖެނުނީމާ ޖެހޭނީ ބެންޗުން ވެސް ބޭރު ކުރާށެވެ. 

    ހަޖަމް ނުވިޔަސް ރިޔާސީ ބަޔާން މިއަދު އެ އިއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއޔާއެވެ. ރައީސް ސާލިހުގެ ގަނޫނީ ހައިސިއްޔަތާމެދު ސުވާލު އުފައްދާ ހުކުން ކުރަން ޝިޔާމަކީ ސްޕްރީމް ކޯޓެއް އުއްތަމަ ފަނޑިޔާރެއް ނޫނެވެ. 

    ]]>
    Mon, 06 Feb 2023 16:12:26 +0500 ހީރަސް
    ސަރުކާރުގެ ކާމިޔާބީގެ އަޑު ފޯރުވުން ނުހުއްޓުވޭނެ! https://heerasnews.com/1007 https://heerasnews.com/1007 މަސްހޫރުކަން ހޯދަން ޗަފާޑަށް މަޖިލީހުގެ ތަޅުން މައްޗަށް ވެއްޓިގަތަކަސް ތިޔަ ޗަރުކޭސް ބަލާ މީހަކު ނޫޅެއެވެ. ނައިފަރު ސިޔާމާއި ތުރާކުނު ސައީދުމެން ވެއްޓި ފުރޮޅި ގަންނާނެއްބާ ގޮވިޔަސް ކަހާތަން ހިރުވަލާ މީހަކު ނޫޅެއެވެ. ހިންނަވަރު ސާލިހުގެ އިބްރާހީމު ރާއްޖޭގެ ވެރިކަން ކުރާތީ ނައިފަރު ސިޔާމަށް ވެސް އެކަން ވެދާނެއޭ ހީވަނީ ހެއްޔެވެ. އިބޫ ވެރިކަން ހޯދީ ތިޔަ ފާޑަށް ވެއްޓި ފުރޮޅި ގައިވީދައިގެނެއް ނޫނެވެ.

    އަމްދުން ސިޔާމް ތިޔައުޅޭ ފާޑުން މުޅި ފާދިއްޕޮޅާއި ނައިފަރަށް ވެސް ހުތުރެވެ. ހިންނަ ވަރަށް އުފަން ދަރިއަކު ރާއްޖޭގެ ތަހުތުގައި އިންނާތީ ސިޔާމަށް ތިޔަ ކުރަނީ ހާދަ އަސަރެކެވެ. ތިޔައިއްޔަކީ ނައިފަރު އެެހެން މީހަކުވެސް އުޅޭނެ ފާޑެއް ނޫނެވެ. 

    ނޭނގެންޏާ ބަލާ ހޯދާ ދަސްކޮށް ހަނދާން އައު ކުރާށެވެ. ހަގީގަތް ގަބޫލުކުރާށެވެ. އަންނި ނެތް ހާލަތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫއަށް ލިބުނެކޭ ކިޔާ ޔާމީނު ނެތް ތާކު ސިޔާމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދޭކަށް ޕީޕީއެމަކުން ނޫޅެއެވެ. ނެގިނެގިފައި ޖެހުނު ވަރަކަށް ތިޔަ ހުރެ ފައިބަނީ ހުޅުނބެވެ. 

    ބޮޑެތި ވާހަކަ ލިޔެފައި ޓްވީޓް ކުރިޔަކަސް މަޖިލީހުގެ ނިޒާމު ގެއްލުވާލީމާ ސަކަރާތް ޖަހާކަށް ސިޔާމަކަށް ޕީޕީއެމަކަށް ޖާގައެއްް ނުދޭނެއެވެ. މަޖިލީހުގައި ހައެއްކަ ކެނަ އިދިކޮޅޭ ކިޔައިގެން އަރުވާ ފޮނަކީ ހުސް ސައިބޯނި ބަޑިއެވެ. ސްޕަރމެޖޯރިތީ އެތިބީ ފިސާރި ފުދިގެން ތިޔަ ކަހަރުވަކުން ގޭނޭ ގޭނުން ބަލާފާ ހޭށެވެ. ނިޒާމް ގެއްލުވާލައިގެން ޕްރެޝަރެއް އުފައްދާ ލެވޭވަރުގެ ހަކަތައެއް ތިޔަ ބައިގަނޑަކު ނެތެވެ. 

    އާނއެކެވެ. ޑިމޮކްރަސީގެ ހަމަތަކާއެއް ގޮތަށް ގާނޫނީ އިމުގެ ތެރެއިން ވަރަށް ފުރިހަމަ ރިޔާސީ ބަޔާނެއް ރައީސް ސާލިހު މިއަދު އިއްވާ ދެއްވައިފިއެވެ. ސަރުކާރުގެ ކާމިޔާބީތަކުގެ އަޑު ރައްޔިތުންނާ ހަމަޔަށް ފޯރިޔަ ނުދޭން ނައިފަރޭމެން ހޮބޯލަވަން ތިޔަކުރާ ކަމަކުން މިސަރުކާރަށް އަރުވާލެވޭނެ ލޮޅުމެއް ނެތެވެ. ހަށިވިއްކާ ރަންޑީންވެސް އަރިއަރިޔަށް ތިބެ ތިޔަފާޑުގެ ފޮޓޯއާއި ވީޑިއޯ ކުރެއެވެ. އެއަށް ރިއެކްޓް ކުރާނީ ހަތާ ގެއްލިފައި ތިބޭ ވައިކުޅަދުރެވެ. 

    ]]>
    Mon, 06 Feb 2023 14:09:41 +0500 ހީރަސް
    ޖަމީލަކީ ހަމަލަމަ ގެއްލިފައި ހުރި އަގުޅި ނެތް ކަންނޭލެއް https://heerasnews.com/1006 https://heerasnews.com/1006 ރައްޔިތުންނަށް އަސަސީ ހައްގަކީ ލިބިދޭން ޖެހޭ އެއްޗެއްކަން ޑރ.ޖަމީލަށް އެނގިވަޑައިގަތީ އަދި ކިރިޔަ ހެއްޔެވެ. ޖަސްޓިސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރކަމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ޖަމީލު ކުރެއްވި ދުވަސްވަރު ރައްޔިތުންނާއި އަސާސީ ހައްގު އޮތީ ކޮންތާކު ހެއްޔެވެ.

    ރަށްރަށުގެ ރައްޔިތުން އޭރު ވެސް ތިއްބެވެ. ސާފު ފެނެއް ނަރުދަމާއެއް ގިނަ ރަށްރަށަކު ނެތެވެ. ލަފާ ފުރޭކަށް ވެސް ނެތެވެ. ކަރަންޓްގެ ހިދުމަތް ލިބުނަސް ލިބެނީ ނަމަކަށެވެ. ޖަމީލަކަށް އޭރަކު އެ ތަނެއް ނުފެނެއެވެ. އަސާސީ ހައްގަކަށް ވެސް އެ ކަންކަމެއް ނުވެއެވެ. އެ ކަންކަން ރައްޔިތުންނަށް ހޯދައިދޭން ކުރި މަސައްކަތެއް ނެތެވެ. ޖަމީލުމެން އާރާ ބާރުގައި ތިބިއިރު ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިން ނަމަ މިހާރަކު ސަރުކާރުން އެކަމަ އުޅޭކަށް ނުޖެހުނީސް ނުންހެއްޔެވެ.

    ރައީސް ސާލިހު ސަރުކާރުން އެއްވާނަކަށް މުޅި ރާއްޖޭގައި އަސާސީ ހިދުމަތް ގާއިމުކޮށްދީ ރައްޔިތުންނަށް ހަމަނޭވާ ލެވޭގޮތް ހަދައިދޭން ފެށުމުން ބަނޑު ކައްކާނެ ކަމެއްނެތެވެ. ކޮއްދޭން ޖެހޭ ކަމަކަށް ވެގެން ކުރަންޖެހޭ ކަންކަމޭ ބުނެ ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތަކާ މެދު ރައްޔިތުންގެ ވިސްނުން އިދިކީލި ކުރަން ޖަމީލުމެން ކުރާ ޓްވީޓަކުން ރައްޔިތުންގެ ވިސްނުން ބަދަލެއް ނުކުރެވޭނެއެވެ. 

    ޓެކްސް ބޮޑުކުރި ވާހަކަ ދައްކައިގެން ތިޔަ އަނބުރާން އުޅޭ ގޭސްގަނޑެއް މިރާއްޖެއަކު ދެން ނޭނބުރޭނެއެވެ. ބޮޑުކުރަންޖެހޭ އެއްޗެއް ބޮޑުކޮށް ކުޑަކުރަން ޖެހޭ އެއްޗެއް ކުޑަކޮށްގެން ދޭންޖެހޭ ހިދުމަތް ދޭކަށް މިސަރުކާރު ފަހެއް ނުޖެހޭނެއެވެ. ޓެކްސް ބޮޑުކުރުމަކީ ސިޔާސީ ގޮތުން ސަރުކާރަށް ހުރި ގެއްލުމެއް ކަމަށްވިޔަސް ރައްޔިތުނަށްޓަކާ އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް މިސަރުކާރުން އަޅަން ފަސް ނުޖެހޭނެއެވެ. ބޮޑުކުރި ޓެކްސް ކުދަކުރެވޭ ހާލަތަށް ދިޔުމުން މިސަރުކާރުން ޓެކްސް ކުޑަ ކުރާނެކަން ވެސް ގިނަ މީހުން ގަބޫލުކުރެއެވެ. ހަމަގައިމު ޖަމީލަކަށް އެކަމެއް ނުކުރެވޭނެއެވެ. 

    ޖަމީލުގެ އަމިއްލަ އުފަން ރަށުގައި މި ސަރުކާރުން ކުރާކަންކަމުން އެކަނިވެސް ޖަމީލުގެ ތިޔަ އުފައްދަނީ ފަސާދަކަން ސާބިތުވާނެއެވެ. އަންދުހުއްސުރެ ފުވައްމުލަކަށް ދިމާވެފާއޮތް ގޮނޑުދޮށް ގިރުން ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ނުފެނުމަކީ ޖަމިލުގެ ލޮލުގެ ހަލު ދެރަކަމެވެ. ބޮޑެތި ހުރިހާ މަގުތަކެއްގައި ތާރުއަޅާ ފުވައްމުލަކަށް ގެންނަމުންދާ ޒަމާނީ ތަރއްގީއާއި ހުޅުވާލެވޭ އިގުތިސާދީ ފުރުސަތުތައް ނޭނގުމަކީ ތިމާގެ އަމިއްލަ ވަޒަނުގެ ހާލަތުވެސް ނޭނގޭ ކަމުގެ ހެއްކެކެވެ. 

    ޔާމީނު ނޫނީ ކަމެއްކުރަން އެނގޭ ކުރެވޭ މީހަކު ނެތްކަމަށް މިއަދު ޖަމީލަށް ވިޔަކަސް ވެރިކަމުގައި ހުރި އިރު ޔާމީނަށްވުރެ ކަންނުވާ ކަންނޭގޭ މީހަކު ހުރިކަމަކަށް ޖަމީލަކަށް ނުވިއެވެ. ޖަމީލުގެ އަމަލާ ބަހުން އަމިއްލައަށް ތިޔަ ސާބިތު ކޮށްދެނީ ޖަމީލަކީ ހަމަލަމަ ގެއްލިފައި ހުރި އަގުޅި ނެތް ކަންނޭލެއް ކަމެވެ. ފިތުނައާއި ފަސަދަ ނޫން ދެވަނަ އެއްޗެއް ޖަމީލުގެ ތޮބީއަތުގައި ނެތްކަމެވެ. އެއިރަކު ވެރިކަމަކާ ދެކޮޅަށް ގައުމު ފަސާދަކުރުން ނޫން ކަމެއް ޖަމީލަށް ނޭނގޭކަމެވެ. 

    ރައީސް ސާލިހުގެ ވެރިކަމުގައި ރައްޔިތުންނަށް ލިބެމުންދާ ލުއިފަސޭހަތައް ރައްޔިތުން ބަލައިގަނެއެވެ. ދުނިޔެ ހެއްދެވީއްސުރެ ސަރުކާރު ތަކުން ކޮށްދޭންޖެހި ނުކޮށް އޮތް އެތައް ހާސް ކަމެއް ރައީސް ސާލިހު ކޮއްދެއްވަމުން ގެންދަވާތީ ރައްޔިތުން ތިބީ ނިކަން އުފަލުންނެވެ. ޖަމީލުމެން ތިޔަހެން ކުރާ ފިތުނައިގެ ތްވިޓެއްގައި ރައްޔިތުން ތިބީ ޖެހޭ ގޮތަކަށް ނޫނެވެ.

    ]]>
    Mon, 06 Feb 2023 12:55:36 +0500 ހީރަސް
    ޕީޕީއެމުން ވާދަކުރާނީ ޔާމީނެއް ނޫން ޑރ. ވަހީދު https://heerasnews.com/1004 https://heerasnews.com/1004 ޕީޕީއެމްގެ ރިޔާސީ އުންމީދުވާރަކީ ޔާމީނު ކަމަށް އެންމެން އެބަ ކިޔައެވެ. ރަސްމީ ސިފައިގައި އެކަން އޮތީވެސް އެހެނެވެ. އެނޫން ގޮތަކަށް އެވާހަކަ ދެއްކޭކަށްވެސް ނެތެވެ. ޔާމީނަށް ކިރިޔާވެސް ލުޔެއް ލިބެން އޮތީ ރިޔާސީ ޓިކެޓް ޔާމީނަށް އޮވެގެންނެވެ. އިދިކޮޅު ވާދަ ވެރިޔާ ޖަލުގައި އޮތްކަމުގެ ޑްރާމާ ކުޅެގެން ސިޔާސީ ޕްރެޝަރެއް އުފެއްދޭނީ ޔާމީނު އަތުގައި ރިޔާސީ ޓީކެޓް އޮވެގެންނެވެ. 

    ޕީޕީއެމަށް ޔާމީނު މުހިންމުވާ ވަރަށް ވުރެ ބޮޑަށް ޕީޕީއެމް ވެރިކަމުގައި އޮތުން އެމީހުނަށް މުހިންމެވެ. ދައުލަތް އަނެއްކާވެސް ދަވާލުމާއި ޔާމީނު މިނިވަން ކުރުމަށްޓަކާ ވެސް ޕީޕީއެމް ވެރިކަމުގައި އޮތުން މުހިންމެވެ. އިތުރު ފަސް އަހަރު ވަތަކުތޯ ނުޖެހިފައި މަގުމަތީ ތިބޭކަށް ޕީޕީއެމް ވެސް ބޭނުމެއް ނުވާނެއެވެ. 

    ރާއްޖޭގެ އިންތިހާބާ ބެހޭ ގާނުތައް ހުރި ގޮތުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް ލިބުމަށް ވުރެ ނުލިބުން ގާތެވެ. ރިޔާސީ އިންތިހާބުގައި ބުނާ އުންމީދުވާރަކަށް ވުމުގެ ޝަރުތު ގެއްލުމުގެ ކުރިން ޔާމީނުގެ ވަކީލުން އެދޭ ގޮތަށް ހައިކޯޓުން ޔާމީނު ދޫވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. އެހެން ކަމުން ޕީޕީއެމް ދެވަނަ ވިސްނުމެއް ނުހޯދައެއް ނުތިބޭނެއެވެ. ޔާމީނު ނޫން އެހެން ގޮތެއް ހޯދާނެ ކަންގައިމެވެ. 

    އެގޮތަކީ ޔާމީނަށްވެސް ބަލައިގަނެވޭ ގިނަ މެންބަރުގެ ރުހުން ހޯދޭވަރު އިތުބާރު ހުރި މީހަކު ހޯދާ ނިންމުމެވެ. ޔާމީނު ނެތިއްޔާ ޕީޕީއެމްގެ ޓިކެޓަށް ފެންބޮވާފައި ތިބި ގިނަ ބަޔަކު ތިބިކަން ޔާމީނަށް އެނގެއެވެ. އެހާލަތު އަންނަން ދެން ޓިކެޓް ބޮނޑިކޮށްގެން ޔާމީނު އެ ހުންނަނީ ވަގުތު ޖެހެން ދެނެވެ. ވަގުތު ޖެހުމުގެ ކުރިން ޔާމީނު ނޫން އެހެން ގޮތެއް ހޯދަން ކުޑަ ފުރުސަތެއް ދިނަސް އެކަކު އަނެކަކަށް ނޮޅާ ހަފާ ކަށިކާނެ ކަން ޔާމީނަށް އެނގެއެވެ. އެކަމާ ހެދި ޕާޓީ ބައިބައިވެ ވެރިކަން ނުލިބި ޖަލުން މިންޖު ނުވެ އޮންނާކަށް ޔާމީނެއް ނެދޭނެއެވެ. 

    ޕިޕީއެމުން ރިޔާސީ ޕްރައިމަރީއެއް ބާއްވައިފި ނަމަ އެކަކު އަނެކަކަށް ބުއިކަލަޔާ ކޭކަލަ ގޮވާ ނޯށުން ރޮއްވީހެވެ. މުއިއްޒާއި ޖަމީލާއި ސައީދާއި ވަހީދު ފަދަ ކިތަންމެ ބަޔަކު ޓިކެޓައިގެން ބުމަރެއްހެން އެނބުރި ގަންނާނެއެވެ. އެކަމަކު ބުނަން ހެއްޔެވެ. ރަސްމީކޮށް ތިލަވެ ހާމަކޮށްފައި ނެތަސް ޕީޕީއެމުން ވާދަކުރާނެ ކެންޑިޑޭޓު ވަނީ ކަނޑައެޅިފައެވެ. 

    ސައޫދީ ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހުށަހެޅުން ޔާމީނު ވަނީ ލޮލުން ބޮލުން ގަބޫލުކޮށްފައެވެ. 2018ގައި އެމްޑީޕީއަށް ދިމާވި ހާލަތު މި ފަހަރު ޕީޕީއެމަށް ދިމާނުވެ ނުދާނެ ކަމަށް ޔާމީނު ގަބޫލު ކުރެއެވެ. އެހެން ކަމުން ޔާމީނު ނެތް ހާލަތު ޕީޕީއެމަށް ދިމާވެދާނެ ކަމަކުން އަރައިގަތުމަށް ޕްލޭން ބީ ޔާމީނު އަތުގައި އެބައޮތެވެ. 

    ޕީޕީއެމަށް ޔާމީނު ނޫންގޮތަކީ ޕްރިންސް މުހައްމަދުގެ ޕެކޭޖެވެ. އެ ޕޭކޭޖުގައި ރިޔާސީ ކެންޑިޑެޓަކީ ޑރ. ވަހީދެވެ. ރަނިން މޭޓަކީ ޑރ. ޝަހީމެވެ. ޕްރިންސް މުހައްމަދުގެ ޕެކޭޖް ޔާމީނަށް ގަބޫލުކުރެވޭ ސަބަބުތައްވެސް ސާފެވެ. 

    • ކެންޕޭނަށް ބޭނުންވާ ފައިސާއާއި ސައުދީ ޕްރިންސް ޖާމިނުވުން 
    • ބައިނަލް އަގުވާމީ ގުޅުންތައް ވަރުގަދަވުމާއި އެކު ޔޫރަޕާ އަރަބި ދުނިޔެއާއ ގާތްވެވޭ ވަރުގެ ދެމީހުނަށް ވުން
    • އަންނިގެ ވެރިކަން ވައްޓާލާ ޔާމީން އިސްވެ އޮތް ކޯލިޝަން ވެރިކަމެއް ޔާމީނު އެދުނުހާ ގޮތަކަށް ޑރ. ވަހީދު ހިންގާ އިތުބާރު ހޯދާފައިވުން
    • އެމްޑީޕީގައި އޮތް ސަންދާނު ވިންގް އެއްކޮށް ޕީޕީއެމަށް ގެނައުން
    • ޑރ. ޝަހީމުގެ ދީނީ ކާޑުން ދީނީ އިލްމުވެރިންގެ ގިނަ ބަޔަކު ހިފެހެއްޓުން. 

    ޔާމީނު ނޫން ގޮތެއް ހޯދުމަށް ވަހީދާ ޝަހީމްގެ ޖޯޑަށްވުރެ ކާމިޔާބު ޖޯޑެއް ޔާމީނަކަށް ނުފެނެއެވެ. އެކަމަކު މިއްޔަކީ ޕީޕީއެމުން އެވާހަކަ ދައްކަންވީ ވަގުތެއް ނޫނެވެ. އެވާހަކަ ދައްކަނީ ހައިކޯޓުގެ އިސްތުއުނާފް ދާގޮތަކުންނެވެ. 

    ]]>
    Sun, 05 Feb 2023 18:41:25 +0500 ހީރަސް
    ދާއިރާ އެދެނީ މެންބަރު ރައީސާއެކު ހުންނަން https://heerasnews.com/1002 https://heerasnews.com/1002 މަލްޓިޕާޓީ ވެރިކަމަކަށް ރާއްޖޭގެ ވެރިކަން ފޮރޮޅުނީ ރައްޔިތުން އެދޭ ކަންކަން ރައްޔިތުން އެދޭގޮތަށް ހަލުވިކޮށް ކުރުމަށްޓަކައެވެ. ވަކި މީހަކަށް ވެރިކަން ދީގެން އެމީހާގެ ތުނބުން ވެއްޓޭ ބަތްފުށް ކައިގެން ތިބިތިބުން ނިމުމަކަށް ގެންނާށެވެ. ވަކި މީހަކަށް ބޮޑު މުސާރައާއި އިނާޔަތް ހޯދަދީގެން އެމީހާގެ ފަހަތުން އެނބުރޭކަށް ނޫނެވެ. 

    އެމްޑީޕީ އުފެދުނު ފިކުރަކީ ވަކި މީހަކަށް ގޮސް ހުސްނުވުމުގެ ފިކުރެވެ. ހިތްވަރު ހުރި ކޮންމެ މީހަކު ކުރިއަށް ނިކުމެ އިސްނަގައިގެން ރައްޔިތުންގެ ތާއީދު ހޯދާ ވެރިކަން ކުރުމަށް ޖާގަ ދިނުމުގެ ފިކުރެވެ. ތަކަން މާރަންދޫ މީހަކަސް އައްޑޫ ހުވަދޫ މީހަކަސް ހިންނަވަރު ނައިފަރު މީހަކަސް ރައްޔިތުންގެ ތާއީދު ހޯދައިގެން ވެރިކަމަށް އައުމާއި ވެރިކަން ދެވަނަ ދައުރެއްގައި ވެސް ވެރިކަން ހޯދަން މަސައްކަތް ކުރެވޭނެ ޖާގަދޭ ފިކުރެވެ. 

    އެމްޑީޕީ އުފެއްދުމުގައި އުޅުނު ވަކި ބައެއްގެ އަތްމަތީގައި އަބަދު ޕާޓީ އޮތުމަށް ބާރުއަޅާ ވާހަކަ ދެއްކޭނެ ޖާގައެއް އެމްޑީޕީގެ ފިކުރުގައި އެއް އިރަކު ވެސް ނެތެވެ. އެހެންނަމަ އަދިވެސް އެމްޑީޕީ އޮތީހީ ގޯގޯ ލަތީފާއި އިބްރާއާއި މުނައްވަރުމެންގެ އަތް މަތީގައެވެ. ޕާޓީ ހިސޯރުކޮށްގެން ގެންގުޅުމުގެ ވިސްނުން އަންނިއާއި އެއްގޮތަށް އެބޭފުޅުންގެ ނެތަތީ އެމްޑީޕީގެ މުޅި ކޮންޓްރޯލު އަންނިގެ އަތްމައްޗަށް ފުރޮޅިގެން ދިޔަ ދިޔުމަކީ އެކަން އަބަދަށް އެގޮތުގައި އޮންނާނެ ކަމެއްނޫނެވެ. އެކަކަށް ވެސް އެކަން އެހެނެއް ނުކުރެވޭނެއެވެ.

    އެމްޑީޕީގެ ފިކުރަކީ ހިތްވަރާ މަސައްކަތުން ބޮންތިއާއި ހަމަޔަށް ކޮންމެ މީހަކަށް ވެސް އާދެވުމުގެ ފުރުސަތު ލިބިދޭ ފިކުރެވެ. ވާދަވެރި އިންތިހާބު ތަކުން ކާމިޔާބު ހޯދައިގެން ކުންނަށް ވާސިލު ވުމުގެ ފިކުރެވެ. ވާދަވެރި އިންތިހާބު ތަކުން ކާމިޔާބު ހޯދޭނީ ގިނަ މެންބަރުންގެ އިހުސާސާއެއް ގޮތަށް މަސައްކަތްކޮށްގެންނެވެ. އާރާއި ބާރު ލިބުމުން ގަޅި ނުހަދާ ރައްޔިތުންގެ ބޭނުމާއި އެއްގޮތަށް މަސައްކަތްކުރާ މީހާއަށް އެމްޑީޕީގައި ޖާގަ އޮވެއެވެ. އެމީހަކީ އެމްޑީޕީ އުފެއްދި އިރު ހުރި މީހެއްތޯ ފަހުން ގުޅުނު މީހެއްތޯ ނުބަލައެވެ. އާއްމުން ބަލަނީ އެ މީހަކު އެމްޑީޕީއާއި ގުޅުނު ހިސާބުން އެ މީހަކު ޕާޓީއާއި ރައްޔިތުންނަށް ކޮށްދޭ ކަންތައްތަކަށެވެ. ދައްކާ މޮޅު ވާހަކައަކަށް ނޫނެވެ. 

    މިއަދު އެމްޑީޕީގެ އިސް ލީޑަރަކީ ރައީސް ސާލިހެވެ. ރައީސް ސާލިހަކީ އެންމެ ފުރަތަމަ ދުވަހުުއްސުރެ އެމްޑީޕީގެ ވަލީ ކޮމެޓީގެ މެންބަރެކެވެ. ގައުމީ މަޖިލީހުގެ މެންބަރެކެވެ. ޕީޖީގްރޫޕްގެ ލީޑަރެވެ. މިނިވަން ނޫހުގެ އެންމެ ބޮޑު ހިއްސާދާރެވެ. އެމަނިކުފާނުގެ ބައިވެރިވެ ވަޑައިގަތުމެއްނެތް ސިޔާސީ އެންމެ މަސައްކަތެއް ވެސް އެމްޑީޕީގެ ތާރީހުގައި ނުކުރެއެވެ. ޗޮއިސް ހުސްވެގެން ވިޔަސް އުކުޅަހު ބަގާތުން ވިޔަސް އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި 2018ގައި ވާދަކުރައްވަން ޖެހި ވަޑައިގަތީ އެހެންވެއެވެ. މެންބަރުންގެ ރުހުމާ ތާއީދު އޮވެގެންނެވެ. ރިޔާސީ އިންތިހާބު 68 އިންސައްތައިން ފުރަތަމަ ބުރުން ކާމިޔާބު ކުރެއްވި ކެންޑީޑޭޓަކީ ވެސް ރައީސް ސޯލިހެވެ. މުޅި ރާއްޖޭގެ ގިނަ ރައްޔިތުން އިތުބާރު ކުރީމައެވެ.

    ބޮޑެތި ގޮންޖެހުން ތަކާއެކު ކާމިޔާބު ވެރިކަމެއް އެ މަނިކުފާނު އެބަ ކުރައްވައެވެ. ރައްޔިތުން ހުވަފެނުން ނުދެކޭހާ ލުއިފަސޭހަތައް ރައްޔިތުންނަށް އެބަ ފޯރުކޮށްދެއެވެ. ރައްޔިތުން ވެރިއަކު ހޮވުމުގެ ބޭނުން ރައްޔިތުންނަށް މިއަދު އެބަ އިހުސާސްވެއެވެ. ތަކްލީފުތައް ލުއިވެ ހަމަޖެހޭ އަމާން މުޖުތަމައެއް ބިނާވެ ފޯރުންތެރި ކަމުގެ ދޮރުތައް ހުޅުވައި ދެވެމުން ދާކަން ގިނަ ރައްޔިތުން އެބަ ގަބޫލު ކުރެވެއެވެ.

    ދާއިރާތަކުގެ ރައްޔިތުން މިއަދު ލިބެމުން މިދާ ރަނުގެ ފުރުސަތުތައް ގެއްލި ހަލާކުގެ ތެރެއަށް ވެއްޓޭކަން ނޭދެއެވެ. ރައްޔިތުންގެ ގިނަ މީހުން ބޭނުންވަނީ އެމީހުންގެ ދާއިރާއަށް ހެވާލާބަ ހޯދައި ދިނުމުގައި އެމީހުން އިންތިހާބުކުރާ އެންމެންގެ އެއްބާރުލުމާ ބައިވެރިވުން ދާއިރާގެ ރައްޔިތުންނަށް ދިނުމަށެވެ. ވެވެން އޮތް ހުރިހާ ގޮތަކުން ރައްޔިތުންގެ ބޭނުންތައް ފުއްދާ ދިނުމުގައި ރައީސާ އަތުގުޅާލުމަށެވެ. ގުޅިގެން އެކުގައި މަސައްކަތްކޮށް ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަށެވެ.

    އިދިކީލިވެ ސަރުކާރަށް ޖެއްސުންކޮށް ދަތިކޮށް ރައްޔިތުންގެ ކަންކަން ވިޔަނުދޭން ކުޑަވެސް ކަމެއް ކުރުމަކަށް ރައްޔިތުންގެ ގިނަ ބަޔަކު ނުރުހެއެވެ. ދާއިރާތަކުގެ ގިނަ ރައްޔިތުން ބޭނުން ވަނީ އެ މީހުންގެ ކުރިއެރުމަށްޓަކާ އެ މީހުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލަރުންނާއި މޭޔަރުންނާއި މެންބަރުން ރައީސާ އަތުގުޅާލައިގެން ކުރިއަށް ދިޔުމަށެވެ. 

    ބާރުވެރިކަން ހޯދުމަށް އެމްޑީޕީގެ ތެރޭގައި ޖާހިލު ވިސްނުމެއް އަށަގަންނަވައިގެން ވަކި މީހަކަށް ބާރުވެރިކަން ހޯދާ ވަކި މީހެއްގެ މުށުތެރޭގައި އަބަދު އެމްޑީޕީ އޮތުމަކަށް ގިނަ މެންބަރުން މިހާރަކު ނޭދެއެވެ.

    ]]>
    Sun, 05 Feb 2023 16:11:36 +0500 ހީރަސް
    ހޯޕުން ބުންވަރު ހޯދާ ދުއްޕާން ކުރަން ނިކުތީ ފުއްގިރީ ބޮޑުވަގަށް! https://heerasnews.com/993 https://heerasnews.com/993 ހޯޕުން ބުންވަރު ހޯދައިގެން ދުއްޕާން ކުރަން ހިތައްވެސް ނާރުވާށެވެ. ރާއްޖޭގެ މިނިވަންކަމަކީ ބޮޑު ބިލާދަރު ވަގެއްކަމަށް ހަދަން ނޫޅޭށެވެ. ޓިނުގަނޑާ ހުނިގޮނޑިން ފެށިވައްކަން ފްލެޓްތަކާ މަލްޓި މިލިޔަން ޑޮލަރަށް ވީމާ ހުކުންވެސް ހަރާންވާނެއެވެ. 

    ހޯޕުން ތިޔަހޯދާ ބުންވަރަކީ ދެސަފު ދޭތެރޭގައި ހަމުށް ބަހައްޓައިގެން ގަޑިއެއް ހާއިރު ވެސް ހިނގާލެވޭ ހާ ހަކަތަނެތް ބުންވަރެކެވެ. ބައިބޯކަން ދައްކަން ސަފުތައް ދުރުކޮށްގެން މަގު ހިނގަން ނިކުތަސް ތިޔަ އެއްޗެއްގެ ސައިޒު އެބަ ފެނޭ ނޫން ހެއްޔެވެ. ގައިން ގަޔަށް އަރާ ރޯގާއަކުން ސަލާމަތްވާން ކަރަންޓީނުގައި އުޅޭ ބަޔެކޭ ތަފާތެއް ނެތެވެ.

    މި ދޭތެރެއަކުން ޖަލުގެ ތޭރިތައް ފަޅާލައިގެން ވެސް މީހަކު ޖަލުން ނެރެފިއެވެ. ބާރަށު ކުޅިން މަދިރި ހައްޕައިގެން ފާރުވެފާ ތިބެ ގައިކެހުން ނޫން ކަމެއް ކުރަން ނޭނގޭ މީސްމީހުން ނިކުމެ ޖަލުފަޅާ ވާހަކަ ދެއްކީމާ އައީ ހިންޏެވެ. ލަދެއް ހަޔާތެއްނެތި ރާއްޖޭގެ ޝަރުއީ ނިޒާމަށް ހަމަލާ ދިނުމުގެ ހުތުރު މާޒީއެއް އޮތް ބަޔަކު ހައިކޯޓޭ ސްޕްރީމްކޯޓޭ އެބަކިޔައެވެ. 

    ހޯޕުން ބުންވަރު ހޯދައިގެން ރާއްޖޭގެ ފަނޑިޔާރުންނަށް ދުއްޕާ ކުރުމަކީ ޕީޕީއެމްއަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ހައިކޯޓުގައި ޔާމީނުގެ އަޅުކުދިން ކޮޅެއް ތިބި ކަމަށް ދެކިގެން އުޅެން ހިތައްވެސް ނާރުވާށެވެ. ހިތުން ޝަހީދު ވުމަކުން ކުރާ ފައިސަލާ ބަދަލެއް ނުކުރެވޭނެއެވެ. ޓިނު ނަގާ ބަނޑު ބިންމަތީ ޖައްސާ ފަނޑިޔާރުން ގޮޅިއަށް ލައިގެން އަޅުންގެ އަޅުން ހައްދައިގެން މަތިމައްޗަށް ހުކުން ބަދަލު ކުރެވުނު ޒަމާން ނިމި މުލުވަގު އޮތީ ޖަލުގައެވެ. ހޯޕަކުން ބުންވަރު ހޯދާ ދުއްޕާން ކުރަން ނިކުމެ ތިޔަ ތިބީ ފުއްގިރީ ބޮޑުވަގަށެވެ.

    ]]>
    Sat, 04 Feb 2023 08:49:10 +0500 ހީރަސް
    މުއިއްޒު ބޭނުމީ މާލެ ކަނުއަދިރީގައި ބޭއްވޭނެ ގޮތެއްވުން. https://heerasnews.com/992 https://heerasnews.com/992

    މާލެ ސިޓީކައުންސިލަށް ބަޔަކު އިންތިހާބުކޮށްފައި ތިބީ ޕީޕީއެމަށް ވެރިކަން ހޯދަން މަސައްކަތް ކުރާކަށް ނޫނެވެ. ޕީޕީއެމް ވެރިކަމުގައި ނެތިއްޔާ މާލޭގެ ރައްޔިތުންނަށް ބޭނުން ވާކަންކަން ނުކޮށްދީ ތިބުމަކަށް ވެސް ނޫނެވެ. ކައުންސިލަށް މީހުން ހޮވާ ދައުލަތުން ބޮޑު މުސާރަ ދީފައި ބައިތިއްބަނީ މާލޭގެ ރައްޔިތުންނަށް ލުއިފަސޭހަ ކުރުމަށެވެ.

    ކަރަންޓަކީ އެއަނުލާ ރައްޔިތަކަށް އެއްވެސް ކަމެއް ކުރެވެންނެތް އަސާސީ ހިދުމަތެކެވެ. އިރުއިރުކޮޅާ ކަރަންޓް ދިއުމަކީ ރައްޔިތުންނަށް އިންތިހާ ދަރަޖައަށް އުދަގުލާ ގެއްލުމާ ތަކުލީފް އުފުލަން ޖެހޭ ކަމެކެވެ. ބޭނުންކުރާ ކަރަންޓްގެ ލޯޑްބޮޑުވެ ކަރަންޓް ކެޑުމުގެ ފުރުސަތު ބޮޑު މާލޭގެ ކަރަންޓް ހިދުކޮޅަކަށް ވެސް ނުކެނޑޭނެ ހުރިހާ ގޮތެއް ހެދުމަކީ ހުރިހާ އިދާރާއަކުންވެސް އެންމެ އިސްކަން ދޭންޖެހޭ އެއްކަމެވެ. އެހެނަސް މާލޭސިޓީ ކައުންސިލަށް ކަހަރު ވަކެކޭވެސް ހިޔެއް ނުވެއެވެ.

    އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ރައްޔިތުން ސަރުކާރާ ދެކޮޅުވެރިވާނެހެން ހީވާ ކޮންމެ ކަމެއް މޭޔަރު މުއިއްޒު އީސްވެ ހުރެ މާލެ ސިޓީގައި ދަނީ ކުރަމުންނެވެ.

    މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑުމުގެ ފުރުސަތު ބޮޑުކަމުން އެ ތިން ސަރަހައްދުގައި ޓްރާންސްފޯމަރު ބަހެއްޓުމަށް ބޭނުންވާ ބިން މާލޭ ސިޓީކައުންސިލުން ސްޓެލްކޯއަށް ހަމަޖައްސައިއެއް ނުދިނެވެ. މާލޭގެ ތިން ސަރަހައްދެއްގައި ބަހައްޓާފައިވާ ތިން ސަބްސްޓޭޝަނެއްގައި އިތުރު ޓްރާންސްފޯމަރުތަކެއް ބެހެއްޓުމަށް ބޭނުންވާ ބިން ހަމަޖައްސައިދިނުމަށް ސިޓީ ކައުންސިލްގައި އެކި ފަހަރު މަތިން ސްޓެލްކޯއިން އެދުމުން އެކަމާ މާލެސިޓީ ކައުންސިލުން އަޅާ ކަހާވެސް ނުލައެވެ.

    ސިނަމާލޭ 2 ގޯތި ތެރޭގައި ހަދާފައިވާ ސަބްސްޓޭޝަނާއި މަޖީދިއްޔާ ސްކޫލު ކުރިމައްޗަށްވާގޮތައް އޮތް ޕާކިންޒޯނާއި ދިމާލުގައި ހަދާފައިވާ ސަބްސްޓޭޝަނުގެ އިތުރަށް ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން އޮތް ޕާކިން ޒޯނުގައި ހަދާފައިވާ ސަބްސްޓޭޝަންގެ ލޯދްބޮޑުވެ އެސަރަހައްދުތަކުން ކަރަންޓް ކެނޑުމުގެ ފުރުސަތު އިންތިހާއަށް ބޮޑެވެ.

    އެގޮތުން ސިނަމާލޭ 2 ގޯތި ތެރޭގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ މިހާރުވެސް އޯވާލޯޑްވުމުގެ ސަބަބުން ކައިރީގައިހުރި އެހެން ޓްރާންސްފޯމަރުތަކަށް އޭގެ ބައެއް ލޯޑް ޓްރާންސްފާރ ކުރަންޖެހިފައިވާ ޓްރާންސްފޯމަރެކެވެ. އަނެއްކޮޅުން  އެ ލޯޑް ޓްރާންފަރކުރި ޓްރާންސްފޯމަރުތައް ވެސް މިހަރު ވަނީ އޯވާލޯޑް ވުމާ ގާތުގައެވެ. އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި، އެ ސަބްސްޓޭޝަނަށް ބޭނުންވާ ބިން ހޯދުމަށް 2 މެއި 2021 ގައި ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައި އޮތަސް ތަށަށް ކިޔަނީ މަރިޔަބުތޯވެސް ސިޓީކައުން ސިލުން އަހާ ނުލައެވެ. ޖަވާބު ނުލިބިގެން ފޮނުވި އެތައް ސިޓީއަށްވެސް ޖަވާބެއްނެތެވެ.

    ވިޔަފާރިވެރިންގެ މިސްކިތާއި އިންވެގެން ހުރި ޕާކިންޒޯން ހުރި ބިމުގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރަކީ 81 އިންސައްތަ ޔުޓިލައިޒްކުރެވިފައިވާ ޓްރާންސްފޯމަރެކެވެ. އެހެންކަމުން އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި އެ ސަބްސްޓޭޝަން ބޮޑު ކުރުމަށް ބޭނުންވާ ބިން އެތަނުން ހަމަޖެއްސައިދިނުން އެދި 13 ސެޕްޓެމްބަރ 2021ގައި ފޮނުވި ސިޓީވެސް ބަހަބަރެވެ.  

    މަޖީދިއްޔާ ސްކޫލް ކުރިމަތީ ޕާކިންޒޯން ކައިރީގައި ބަހައްޓާފައިވާ 630 ކޭވީއޭގެ ޓްރާންސްފޯމަރުގެ 73 އިންސައްތަ ޔުޓިލައިޒް ކުރެވިފައިވާއިރު އެ ސަބްސްޓޭޝަނުގައި އިތުރު ޓްރާންސްފޯމަރެއް ބެހެއްޓުމަށްޓަކައި އެ ސަބްސްޓޭޝަނާއި އިން ވެގެންއޮތް ހުސް ބިންކޮޅެއް ހަމަޖައްސައިދިނުމަށް 23 މެއި 2021 ގައި ވަނީ ސިޓީކައުންސިލަށް ރަސްމީކޮށް ހުށަހެޅުމުންވެސް ވީއެވަރެވެ. ޖަވާބު ހީދަން ފުލުފުގައި އެދުނު އެއްވެސް ސިޓީއަކަށް ޖަވާބު ނުދިންތާ ވެގެން އުޅޭގޮތެއްވެސް ބުނެނުލައެވެ.

    މާލޭ ސިޓީ ކައުންސިލުގެ ގައިރު ޒިންމާ ޑަރުކަން މިވަރުވީމާ މުއިއްޒުގެ ލަދުހަޔާތް ނުގަންނަވަރު މިހިރަ ފެންނަނީއެވެ. މާލޭގެ ރައްޔިތުން ކޮންމެ ހާލެއްގައި ޖައްސައިގެންވެސް މުއިއްޒު ބޭނުންވަނީ ސަރުކާރު ބަދުނާމު ކުރާށެވެ. މާލޭމޭޔަރު އެންމެ އުފާވާނީ މާލޭގެ ރައްޔިތުން ކަނުއަދިރީގައި ބައިތއްބާލެވޭނެ ގޮތެއް ވީހާ އަވަހަކަށް ވެގެންނެވެ.

    ]]>
    Fri, 03 Feb 2023 20:22:39 +0500 ހީރަސް
    މާލޭސިޓީ ކައުންސިލާ ދެކޮޅަށް ސްޓެލްކޯ ކޯޓަށް https://heerasnews.com/991 https://heerasnews.com/991 ގްރޭޓާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭސިޓީ ކައުންސިލުން ގާނޫނާއި ހިލާފަށް އަމަލުކުރަން ފަށާފައިވާ ދެ އުސޫލެއް ބާތިލް ކުރުމަށް މިކުންފުނިން މިއަދު ވާނީ ދުސްތޫރީ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފިއެވެ.

    އަނެއް ކޮޅުން މި މައްސަލައާއިމެދު ވަކި ގޮތެއް ކަނޑައަޅާ ނިމެންދެން އެ ދެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމުގެ ވަގުތީ އަމުރަކަށް ވެސް ހައިކޯޓުގައި ސްޓެލްކޯއިން ވާނީ އެދިފައެވެ.

    ]]>
    Thu, 02 Feb 2023 15:18:18 +0500 ހީރަސް
    ކޮންގްރެހުން ނިންމިޔަސް އަންނި ބޮލެއް ނުލަނބާނެ! https://heerasnews.com/990 https://heerasnews.com/990 ތަކުރާރުކޮށް އެމްޑީޕީގެ އަސާސީ ގަވައިދާ ރައީސް ނަޝީދު ހިލާފުވެ ވަޑައިގަންނަވަމުން އެބަދެއެވެ. ރައީސް ނަޝީދު ވިދާޅުވާހާ އެއްޗަކާއި ކުރައްވާހާ ކަމަކަށް ތައީދުކުރާ މެންބަރުންތަކެއް ޕާޓީގައި ތިބުމަކީ ރައީސް ނަޝީދު ކުރައްވާނެ ކަމެއް ކުރައްވަން އޮތް ހުއްޖަތެއް ނޫނެވެ. ރައީސް ނަޝީދެއް ކަމަކު ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާއި ހަމަތަކާއި ޕާޓީގެ ނިންމުންތަކަށް ބޯލަނބާ ކިޔަމަން ގަތުމަކީ އޮތް ކަމެކެވެ. 

    2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާނެ ކެންޑިޑޭޓެއް މިހާރު އެ އޮތީ އާއްމު މެންބަރުންގެ ވޯޓަކުން ނިންމާފައެވެ. ކިތަންމެ ރުހި ވަޑައި ނުގަތަސް އެނިންމުމަށް ޖެހިވަޑައިގަންނަވާނީ ބޯލަނބާ ކިޔަމަންވެ ވަޑައި ގަންނަވާށެވެ. އެމްޑީޕީގެ އަސާސީ ގަވައިދުގެ 16 މާއްދާގައި މެންބަރުންގެ މަސްއޫލިއްޔަތު ސާފުކޮށް އެއޮތީއެވެ. އެ މާއްދާގެ (ބ)ގައި ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރުމާއި ވޯޓު ހޯދާދޭން މަސައްކަތް ކުރުމާއި ވޯޓު ދިނުން މެންބަރުންގެ މައްޗަށް ލާޒިމު ކުރެއެވެ. ރައީސް ނަޝީދެއް ކަމަކު އެކަމުން އިސްތިސްނާއެއް ނުވެއެވެ.

    ޝަކުވާ ބަލާ ފިޔަވަޅު އެޅުމުގެ ނިޒާމް އެމްޑީޕީގެ އޮނިގަނޑު ތެރޭގައި އެބައޮތެވެ. ރިޔާސީ ޕްރައިމަރީއާއި ގުޅިގެން ހުރިނަމަ ހުރި ޝަކުވާއެއް ހުށަހަޅާ އެ ނިޒާމުގެ ތެރެއިން ހައްލު ހޯދެން އެބައޮތެވެ. ނިޒާމުން ހޯދައިދޭ ހައްލަކީ އެދިވަޑައިގަންނަވާ ގޮތްކަމަށް ނުވިޔަސް އެކަމާ ދެކޮޅު ހައްދަވާ ބަގާވަތް ކުރެއްވުމުގެ ހައްގެއް ރައީސް ނަޝީދަކަށް ވެސް ނުއޮންނާނެއެވެ. އިންތިހާބީ ކޮމިޓީއާއި ފިޔަވަޅު އަޅާ ކޮމެޓީއާއި ގައުމީ ހިންގާ ކޮމެޓީއާއި ގައުމީ މަޖިލީހުގެ ނިންމުން ތަކަކީ ރައީސް ނަޝީދު އެދިވަޑައިގަންނަވާހާ ގޮތަކަށް ނިންމޭ ނިންމުން ތަކަކަށް ނުވެ ހިގައިދާނެއެވެ. އެ ހުރިހާ ތަންތަނުން ނިމޭ ނިންމުން ތަކަކީ ގިނަ ބައެއްގެ މެދުން ނިންމޭ ގާނޫނީ ބުރަދަން ލިބިގެންވާ ނިންމުން ތަކެކެވެ. ޕާޓީގެ ކޮންމެ މީހަކަށްމެ ލާޒިމު ވެގެންވަނީ ޕާޓީގެ ނިންމުންތަކަށް ބޯލެނބުމެވެ. 

    އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަނަކީ ކޮންގްރަސްއެވެ. ކޮންގްރަސް އެއްވަނީ ފަސް އަހަރުން އެއް ފަހަރުއެވެ. ޕާޓީގެ އެހެނިހެން ގުނަން ތަކުގެ ނިންމުންތައް ބަލައިނުގަނެވޭ ނަމަ އާދަޔާ ހިލާފު ކޮންގްރެސް އަކަށް ގޮވާލައި ކޮންގްރެސްއަށް އެކަމެއް ހުށަހަޅައިގެން ގޮތް ނިންމިދާނެއެވެ. އެނިންމުން ވާނީ އެންމެ ފަހުގެ ނިންމުމަށެވެ. 

    ރިޔާސީ ޓިކެޓާ މެދު ރައީސް ނަޝީދުގެ ހިތްޕުޅު ހަމަ ޖެހިވަޑައިނުގަންނަވާ ނަމަ  ރައީސް ނަޝީދަށް އޮތް އެންމެ ފަހު ގޮތަކީ ކޮންގްރަސް އެއްކުރުމެވެ. އެ ހިއްވަރުފުޅު ހުރިއްޔާ ފަސާދަ ނުއުފައްދަވާ އެކަމާ އުޅުންވަންވީއެވެ.

    އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން އޮންނަނީ  ދެ ގޮތަކަށެވެ. އެއްގޮތަކީ ގައުމީ މަޖިލީހުން އާދަޔާ ހިލާފް ކޮންގްރެސް އެއް ބޭއްވުމަށް ނިންމުމެވެ. އަނެއް ގޮތަކީ ކޮންގްރަސްމަނުންގެ ތިންބައިކުޅަ އެއްބައި މެންބަރުން ކޮންގްރެސް އެއް ބާއްވަން ބޭނުން ވެގެން ހުށަހެޅުމެވެ. 

    އިސްވެ ބުނެވުނު ދެ ގޮތުންކުރެ ގޮތަކަށް އާދަޔާ ހިލާފު ކޮންގްރެސް އެއް ބާއްވައިގެން ރިޔާސީ ޓިކެޓާ މެދު ގޮތެއް ނިންމޭ ވަރުގެ ހަކަތައެއް ހުންނެވި ނަމަ އެކަން ކުރެއްވުމަކަށް ރައީސް ނަޝީދަށް ހުރަހެއް ނެތެވެ. ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް ގައުމީ މަޖިލީހުން އާދަޔާ ހިލާފު ކޮންގްރެސް އެއް ބާއްވާ ދީގެން ކޮންގްރެސްގައި ރިޔާސީ ޓިކެޓާ މެދު ކޮންގްރެސް ގެ ނިންމުމެއް ހޯދުމަކީ ނުކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އޮތް ކަންބޮޑުވުމަކީ ރިޔާސީ ޕްރައިމަރީން މިހާރު ނިންމާފައި އޮތް ނިންމުން ކޮންގްރެސްއިން ދަމަހައްޓައިފި ނަމަ ދެން ރައީސް ނަޝީދުގެ ބޯލަންބަވާފާނެ ކަމުގެ ޔަގީކަން ނެތުމެވެ. 

    ]]>
    Thu, 02 Feb 2023 13:34:12 +0500 ހީރަސް
    އެމްޕީއެލްގެ ކާމިޔާބީ: ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމް https://heerasnews.com/987 https://heerasnews.com/987 އިންސާނީ ވަސީލަތް ބޭނުންވާ މުހިންމު ދައިރާ ތަކުން މީހުން ބިނާ ކުރުމަކީ މޯލްޑިވް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ވަރަށް ބޮޑަށް އިސްކަމެއް ދޭ ކަމެކެވެ. އެމްޕިއެލްގެ ފުރަތަމަ އިންޓާންޝިޕް ޕްރޮގްރާމުގައި 10 މީހަކު ތަމްރީނުކޮށް ސެޓިފިކެޓް ދިނުމަކީ އެ ގޮތުން އެމްޕީއެލް ހޯދި ބޮޑު ކާމިޔާބެކެވެ. އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމަކީ ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންނަށް އެ ކުންފުނީގައި ހުރި ވަޒީފާތަކުގެ މައުލޫމާތު ދީ އެ ވަޒީފާތަކަށް އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

    އިންޓާންޝިޕް ޕްރޮގްރާމު ފުރިހަމަ ކުރި 10 ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށް ދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ. ރަސްމިއްޔާތުގައި މިނިސްޓަރ އައިޝަތު އަލީ ވިދާޅުވި ގޮތުގައި ތައުލީމީ ގާނޫނު ވުޖޫދުވުމާ ގުޅިގެން އެންމެ ބޮޑަށް ފޯކަސް ކުރާ ކަމަކީ މަސައްކަތްތެރިކަން ރަސްމީ ކަރިކިއުލަމްގެ ތެރެއިން ވެސް ދަސްކޮށް ދިނުމެވެ. މިގޮތަށް އިންޓާންޝިޕް ތަކުގައި ދަރިވަރުން ބައިވެރި ކުރުވުމަކީ އޭގެ އެއްބައިކަމަށް މިނިސްޓަރ އައިޝަތު އަލީ ވިދާޅުވިއެވެ.

    ދަރިވަރުން ހަމައެކަނި ކިޔެވުމަށް ހުސްނުކޮށް މިކަހަލަ އަމަލީ މަސައްކަތްތަށް ދަރިވަރުންނަށް ފަހިކޮށް ދިނުމަށް ބެލެނިވެރިން ކިބައިން އެދިވަޑައިގެންނަވަމުން މިފަދަ ފުރުސަތެއް ފަހިކޮށް ދެއްވި ކަމަށްޓަކައި އެމްޕީއެލް އަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ. ރަސްމިއްޔާތަށް ފަހު އިންޓާންޝިޕް ޕްރޮގްރާމުގެ ބައިވެރިންގެ މަސައްކަތް ދައްކައިދޭ ޕޯޓްފޯލިއޯއެއް ވެސް މިނިސްޓަރ ބައްލަވަ ލެއްވިއެވެ. 

    އިންޓާންޝިޕް ފުރިހަމަ ކުރި 10 މީހުން:

    • މާކެޓިން ފޮޓޯގްރަފީ: ހައިމަން ފިކުރީ
    • މާކެޓިން ފޮޓޯގްރަފީ: މަރިޔަމް އުޔޫން އަހުމަދު ވަސީމް
    • އައިޓީ ވެބް ޑިވެލޮޕިން: ޒެނީޝާ ފަތުހީ
    • ސިވިލް އިންޖިނިއަރިން އޮޓޯކޭޑް ޑްރޮވިން: ރައްޒާން އަހުމަދު އަބްދުލް ރައްޒާގް
    • އިލެކްޓްރިކް އިންޖިނިއަރިން: އަލީ ލުޖައިން
    • ސާވޭ އިން ޔޫސިން އޮޓޯ ލެވެލް: އިސްމާއިލް އަޒްހާން އަހުމަދު
    • އައިޓީ ޑިވެލޮޕްމަންޓް: މުހައްމަދު އިޒްދާން އިމްދާހް
    • ބޭސިކް ހައުސް ހޯލްޑް ވައިލިން: އާދަމް އައިން މުހައްމަދު
    • މެޝިނިން އެންޑް ފެބްރިކޭޝަން: އަހުމަދު ޔަނާލް ރަމީޒް 
    • މެޝިނިން އެންޑް ފެބްރިކޭޝަން: އާޔަން އަހުމަދު ޝަނީޒް
    ]]>
    Thu, 02 Feb 2023 11:11:24 +0500 ހީރަސް
    އޯކްލޭންޑް ފެނުގެ އަޑިއަށް https://heerasnews.com/985 https://heerasnews.com/985 ނިއު ޒިލެންޑުގެ އުތުރުގައިވާ އޮކްލެންޑަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ހަތަރަކަށް އަރައިފިއެވެ. ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެ ގައުމުގެ އެންމެ ބޮޑު ރަށް ކަމުގައިވާ އޮކްލެންޑުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.

    ފެންބޮޑުވުމާ ގުޅިގެން ހަތަރު މީހަކު މަރުވެފައިވާއިރު، ފުރަތަމަ ދެ މީހުންގެ ހަށިގަނޑު ފެނިފައި ވަނީ ޖަނަވަރީ 27 ވަނަ ދުވަހުއެވެ. އޮކްލެންޑުގެ އުތުރުގައިވާ ވައިރާއޫ ވެލީންނެވެ. ތިންވަނަ މީހަކު މަރުވެފައި ވަނީ އޮކްލެންޑުގެ މެދުތެރޭ ސަރަހައްދެއްގެ ބިންގަނޑު ކަނޑައިގެން ދިޔުމުންނެވެ.  ހަތަރުވަނަ މީހާގެ ހަށިގަނޑު ފެނިފައި ވަނީ އޮކްލެންޑުގެ ދެކުނުގައި އޮންނަ އޮނެފެރޯއިންނެވެ.

    ޖަނަވަރީ 27 ވަނަ ދުވަހު އޮކްލެންޑަށް ރެކޯޑް އަދަދަކަށް ވާރޭވެހުނެވެ. 27 ވަނަ ދުވަހު އެކަނިވެސް އެ ސަހަރަށް 249 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ. ކުރިން 24 ގަޑިއިރުގެ ތެރޭގައި އެތަނަށް އެންމެ ގިނައިން ވެހިފައިވާ ކަމަށް ރެކޯޑު ކުރެވިފައި ވަނީ 161 މިލިމީޓަރުގެ ވާރެއެވެ.

    ފެންބޮޑުވުމާ ގުޅިގެން ކުއްލި ހާލަތު އިއުލާނުކޮށްފައިވާ އޮކްލެންޑުގައި 1.6 މިލިޔަނަށް މީހުނަށް އެކިވަރުގެ އަސަރުކޮށްފައިވެއެވެ. "ފެންބޮޑުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކަށް ވަނީ އަސަރުކޮށްފައި. އޮކްލެންޑަށް މި ވަނީ ބޮޑު ހިތާމައަކާ ކުރިމަތިވެފައި. އަދި ގިނަ ޢަދަދެއްގެ ފުރާނަ މި ވަނީ ގެއްލިފައި،" ނިއު ޒިލެންޑުގެ ބޮޑުވަޒީރުގެ ނައިބު ކާރމެލް ސެޕުލޯނީ ވިދާޅުވިއެވެ.

    އޮކްލެންޑުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ 24,000 އަށްވުރެ ގިނަ ގެއަށް އެ ހިދުމަތް އަލުން ގުޅައިދިނުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. ގިނަ އަދަދެއްގެ ގެދޮރުން ސާފު ބޯފެނުގެ ހިދުމަތް ވެސް ވަނީ މެދުކެނޑިފައެވެ. ވިއްސާރައިގައި އޮކްލެންޑުގެ ވައިގެބަނދަރުގެ ޓަރމިނަލްގައި ވެސް ފެންބޮޑުވެގެން ހިދުމަތްތައް މެދުކަނޑައިލަން ޖެހުނެވެ.

    ]]>
    Wed, 01 Feb 2023 21:49:56 +0500 ހީރަސް
    ލާމަރުކަޒީ ވުމަކީ މުސްތަގިއްލު ދައުލަތްތަކެއް އުފަން ކުރުމެއްނޫން https://heerasnews.com/984 https://heerasnews.com/984 ރާއްޖޭގައި ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ފަޅުފަޅާ ދޫކޮށްގެން އުޅެނީ އަދި ކިރިޔާ ހެއްޔެވެ. ރާއްޖޭން ޓޫރިޒަމްގެ ބޭނުމަށް ދެރަށެއް ދޫކޮށްގެން މިއުޅޭނީ އަލަށް ހެއްޔެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ވުރެ ޓޫރިޒަމަށް ދޫކޮށްފައި ހުރި ރަށްގިނައެވެ. ނ. އަތޮޅުން ދެރަށެއް ދޫކޮށްގެން މިހާރު ބައެއްގެ ފަޔަށް ހިނި އަރައިގެން ތެޅިފޮޅެނީ ކީއްވެގެން ހެއްޔެވެ.

    ތެޅެފޮޅޭ އިރު ޑިސެންޓްރަލައިޒޭޝަނެއް ފެޑަރޭޝަނެއް ވަތްކެއް ނުވެއެވެ. ރާއްޖެއަކީ ފެޑެރަލް ދައުލަތެއް ނޫންކަމާއި ޔުނިޓަރީ ދައުލަތެއްކަން ބައެއް އަތޮޅު ކައުންސިލަރުންނަށް ނޭނގުމަކީ ހައިރާން ވާންވީ ކަމެއް ނޫނެވެ. ލާމަރުކަޒީ ނިޒާމުގެ މަފްހޫމު އޮޅުވާލާ ކޮންމެ އަތޮޅަކީ ފެޑެރޭޝަނެއް ކަމަށް ހަދަން އުޅޭ ބަޔަކަށް އެއިން ކޮންމެ އަތޮޅަކީ ވަކި ސަރުކާރެކޭ ހީވާނެއެވެ.

    ނޭނގޭ ކަމަކީ ރާއްޖޭގެ ލާމަރުކަޒީ ގާނޫނު އޮތް ގޮތުން އެއްވެސް އަތޮޅެއްގެ އެއްވެސް ރަށަކީ އަތޮޅުކައުންސިލް ދަށުގައި އޮތްތަނެއް ނޫން ކަމެވެ. ކޮންމެ ރަށެއްގައި އޮންނަނީ މުސްތަގިއްލު މިނިވަން ރަށު ކައުންސިލެކެވެ. އަތޮޅު ކައުންސިލަކީ އޭގެ ޒާތުގައި އެއްވެސް ރަށު ކައުންސިލެއްގެ މައްޗަށް އާރެއް ބާރެއް ލިބިގެންވާ ތަނެއްނޫނެވެ. ގާނޫނަށް ގެނައި އިސްލާހަކުން އަތޮޅު ކައުންސިލްގެ ޖަލްސާތަކުގައި ރަށު ކައުންސިލްގެ ރައީސް ތަމްސީލުކުރާ ގޮތަށް ހަމަޖެހުމަކުން ރަށްރަށުގެ ކައުންސިލް ތަކަކީ އަތޮޅު ކައުންސިލްގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ތަންތަނަކަށް ނުވެއެވެ. 

    އަތޮޅެއްގައި އޮންނަ ގިނަ ފަޅުރަށް ކޮންމެ ވެސް ރަށު ކައުންސިލެއްގެ އިހުތިސާސްގެ ތެރެއަށް ވަދެއެވެ. އެ ފަޅުރަށެއްގެ މައްޗަށް ހިނގިއްޔާ ހިގާނީ އެރަށެއްގެ އިހުތިސާސް އޮތް ރަށު ކައުންސިލެއްގެ ބާރެވެ. އެހެނަސް ޓޫރިޒަމްގެ ގާނޫނުގެ ދަށުން ރަށު ކައުންސިލްގެ އިހުތިސާސް އޮތް ސަރަހައްދެއްގައި އޮންނަ ރިސޯޓްތަކަށް އެކައުންސިލްތަކުގެ ބާރު ހިނގާ ގޮތަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ. އަނެއްކޮޅުން ރަށު ކައުންސިލަކަށް އިހުތިސާސް ލިބިފައިވާ ނުވާ ފަޅުރަށަކަށް ނޫނީ އަތޮޅު ކައުންސިލަށް ބެލެނިވެރިކަން ނެގޭނެ އެއްވެސް ފަޅު ރަށެއް ނުއޮވެއެވެ.

    ލާމަރުކަޒީ ގާނުނާއި އެކުއެކީ ރާއްޖޭގައި ހިންގާ އެހެނިހެން ގާނޫނުތައް އޮންނަކަން އަތޮޅު ކައުންސިލަށް ނޭނގުމަކީ ވެސް އަޖައިބެއް ނޫނެވެ. ނ. އަތޮޅު ދެރަށުގެ ވާހަކަ ދެއްކުމުގެ ކުރިން މާލެއަތޮޅާއި އަރިއަތޮޅު ދެބުރިއާއި މާޅޮސް މަޑުލު ދެބުރިއާއި ފާދިއްޕޮޅާއި ވާވު އަތޮޅު ފަދަ އެތައް އަތޮޅެއްގައި އެތައް ރިސޯޓު ހުޅުވައިގެން ހިންގާއިރު އެތަންތަނަށް ނުހިނގާ ވަކި ހުކުމެއް ނ. އަތޮޅަށް ހިނގަންޖެހޭ ސަބަބެއް ނެތެވެ. 

    ރައީސް ޔާމީނު ފ. އަތޮޅު ވިއްކާލަން އުޅުމާ ނ. އަތޮޅުން ވަކި ދެރަށެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމާ އެއްގޮތެއް ނޫނެވެ. ނ. އަތޮޅު ރައްޔިތުންގެ ހައްގު ގެއްލޭތީ ކަމަށް ބުނެ ބަޔަކު ލޭހޫނުވެގެން އުޅެނީ ކޮންމެވެސް އެހެން މަގުސަދެއްގައެވެ. މައި ސަރުކާރެއް ހިއްސާކުރާ ވަކިވަކި ދައުލަތް ތަކަކަށް އަތޮޅުތަކާ ސީޓީތައް ނުހަދާ ވަކި އެއް މުއައްސަސާއަކަށް އަތޮޅެއްގެ ހުރިހާކަމެއް ފުރޮޅާ ނުލެވޭނެކަން އެގެން ޖެހެއެވެ. 

    ލާމަރުކަޒީ ވުމަކީ މުސްތަގިއްލު ދައުލަތްތަކެއް އުފަން ކުރުމެއްނޫނެވެ. މަރުކަޒީ ގޮތެއްގައި ފުނިޖެހިފައި ހުރި ހިދުމަތްތަކާ ފުރުސަތުތައް ގޭ ދޮރުމައްޗަށް ގެނައުމެވެ. މިނިވަން މުސްތަގިއްލު ރަށު ކައުންސިލްތައް އަތޮޅު ކައުންސިލްގެ މުށުތެރެއަށް ގެންދިއުމެއް ވެސް ނޫނެވެ. 

    ]]>
    Wed, 01 Feb 2023 20:39:10 +0500 ހީރަސް
    ސްޓެލްކޯއިން އަނެއްކާވެސް އައު އިސްނެގުމެއް https://heerasnews.com/983 https://heerasnews.com/983 އާމްދަނީއެއް ނުލިބޭފަދަ އިޖުތިމާއީ ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ އަގު ކުޑަކުރުމަށް، ސްޓެލްކޯއިން މިހާރު ވަނީ ނިންމާފައެވެ. އިޖުތިމާއީ ހިދުމަތަށް ނެގޭ އަގު ކުޑަކުރަނީ ކަރަންޓު ޓެރިފްގެ ތެރެއަށް "އިޖުތިމާޢީ ކެޓަގަރީ"އެއް އިތުރު ކޮށްގެންނެވެ.

    ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވާ ގޮތުގައި އާއްމު އިޖުތިމާޢީ ހިދުމަތްތައް ދޭ ތަންތަން މިހާރު ކެޓަގަރީ ކުރަނީ ވިޔަފާރި ޓެރިފްގެ ތެރެއިންކަމަށެވެ. ވިޔަފާރި ޓެރިފަކީ، ގޭބިސީތަކުން ނަގާ އަގަށްވުރެ ބޮޑުކޮށް އަގު ނަގާ ޓެރިފެކެވެ. އެހެންކަމުން އާއްމު ހިދުމަތްތައް ދޭ ތަންތަން ނުވަތަ، އެއްވެސް އާމްދަނީއެއް ނުލިބޭގޮތަށް ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.

    ސްޓެލްކޯގެ ވިސްނުން މިހާރު ބަހައްޓާފައިވަނީ އާމްދަނީ ނުލިބޭ، އާއްމު ހިދުމަތްދޭ ތަންތަނުން ކަރަންޓަށް ނަގާ ފީއަށް ބަދަލު ގެނައުމަށެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ކޮށްގެން އެބަދަލު ވަރަށް އަވަހަށް ގެނައުމަށް ސްޓެލްކޯއިން ދަނީ މަސައްކަތް ކުރަމުންނެވެ.

    ސްޓެލްކޯގެ ހީވާގި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅިވާ ގޮތުގައި މިސްކިތްތަކާއި ފުޓުބޯޅަ ދަނޑުތަކާއި މަގުތައް އަލިކުރުން ފަދަ މިކަންކަމަކީ އެއިން އާމްދަނީއެއް ލިބޭ ކަންކަމެއް ނޫނެވެ. އެހެންވީމާ މި ދާއިރާތަކަށް ޚާއްސަކޮށް "އިޖުތިމާއީ ކެޓަގަރީ"އެއް އުފެއްދުމަށް ޝަރީފަށް ފެނިވަޑައިގަތީއެވެ. އެކަމަށް މަޝްވަރާ ކުރަމުން ފެށީއެވެ. ޝަރީފު ވިދާޅުވާ ގޮތުން މިހާރު އެތަން ތަނަކީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް އަދި ގެސްޓް ހައުސް ފަދަ ވިޔަފާރިތަކާއި އެއްހަމައެއްގައި އަގު ނަގާ ތަންތަނެވެ.

    ސްޓެލްކޯއިން ކަރަންތް ޓެރިފަށް ގެންނަން ނިންމާ މި ހެޔޮ ބަދަލަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އިޖުތިމައީ ޒިންމާގެ ދަށުން ސްޓެލްކޯއިން ނަގާ އިސްނެގުމެކެވެ. މާލެ ސިޓީގައި ވިޔަފާރި ތަކުގެ ކަރަންޓު ބޭންޑުގެ 300 ޔުނިޓުން ފެށިގެން 10000 ޔުނިޓާ ދެމެދުގެ އަގު އުޅެނީ، 3.65 ރުފިޔާއާއި 5.75އާއި ދެމެދުއެވެ. އަދި އަތޮޅުތަކުގައި 300 ޔުނިޓުން މަތީގެ ކޮންމެ ޔުނިޓަކަށް 6 ރުފިޔާ ނަގައެވެ.

    ]]>
    Wed, 01 Feb 2023 15:19:38 +0500 ހީރަސް
    ސިއްޕެއަށް: ހަރާން ކޯރުވުމުގައި ތިވަރެއް ނެތް! https://heerasnews.com/982 https://heerasnews.com/982 ބޮނޑިއެއް ބޯން ހޭނާރާ މަރުފަލި ޖަހަނީ ކޮންބައެއްކަން ވަރަށް ސާފެވެ. ވަޒީރުންނަކީ ސަރުކާރެއްގެ ސިޔާސަތު ތަންފީޒު ކުރަން އިސްކޮށްފައި ތިބޭ ބަޔެކެވެ. އަމްދުން ވަޒީރުންގެ މަޖިލިސްގައި ނުހިމެނޭ ވަޒީރުންނަކީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ޖަވާބުދަރީވާން ޖެހޭ ބަޔެކެވެ. އެ ވަޒީރަކީ ހުރިހާ ހާލަތެއްގައި ވެސް ރައީސްގެ ސިޔާސަތުތައް ދިފާއުކޮށް ކުރިއަރުވަން ޖެހޭ މީހެކެވެ. އިގްރާރެއްގައި ސޮއިކޮށްގެން މަގާމު ހޯދާ މުސާރަ ނަގައިގެން  ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނަނީ ރައީސަށް ހަރާން ކޯރުވާކަށް ނޫނެވެ.

    ޕާޓީއެއްގެ ސްލޮޓްގައި ސަރުކާރުން މަގާމު ލިބުމަކީ ސަރުކާރުގެ ސިޔާސަތުތައް އޮޅާލާ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެހެން މީހަކު އިސް ކުރެވޭނެ ކަމެއް ނޫނެވެ. ތިމާއަށް ލިބެވޭ ބާރުގެ ތެރެއިން ރައީސްގެ ސިޔާސަތުތައް ތަންފީޒު ވިޔަ ނުދިނުމަށްޓަކައި އެހެން މީހެއްގެ އެޖެންޑާ ހިންގުމަށް މީހުން ލައްވައިގެން ސަރުކާރު ތެރޭގައި ކަތުރު ފަނި އެޅުވުމަކީ ވަޒާރެއްގެ މަސްއޫލިއްޔަތެއް ނޫނެވެ. 

    އެހެން ނަމަވެސް ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ރައީސް އޮފީހުގެ މިނިސްޓަރ ކަމުގައި ހުރެ ކުރި ހުރިހާ ކަމެއް ކުރީ ސަރުކާރު ވާގިނައްތާ ލުމަށެވެ. އިތުބާރު ކުރެވޭ އަދި ކަންވާ މަގާމެއްގައި ހުރެ ވަކި ވިސްނުމެއްގެ ބަޔަކު ސިޔާސީ މަގާމުތަކަށް އިސްކުރުވައިގެން ކަންކަން ލަސްކޮށް ފަސްކޮށް ރައީސް ކުރީ ބަދުނާމެވެ. އެމްޑީޕީގެ ނައިބު ރައީސަށް ވީތީ އެ ކަމުގެ ނާޖައިޒު ފައިދާ ނަގައިގެން މުޅި ސަރުކާރު ފޮރިބޮއެފައި އޮތް މަސްގަނޑަކަށް ހަދާލަން ހުރިހާ ދިމާލަކަށް ވެސް ކަތުރުފަނިތައް ވައްދާ މުޅި ނިޒާމް ގަޑުބަޑު ކުރަން ދިމާކުރިއެވެ. މި ސަރުކަރަށް ނިސްބަތް ކުރާ ކޮރަޕްޝަންގެ ގިނަ އަމަލުތައް ވެސް ހިންގުވުމުގެ މުގުލުގައި ހުރީ ސިއްޕެއެވެ. ވެންޓިލޭޓަރެއް އެހެން ކަމެއް ކިޔާނެކަމެއް ނެތެވެ. ސިއްޕެ އިސްވެހުރެ ހިންގަފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ހެޔޮވާނީ ނުދެއްކުމެވެ. 

    ރައީސްއަށް ވަފާތެރިވެ އިހުލާސްތެރި ކަމާއެކު މަގާމުގެ ޒިންމާ އުފުލަން އިގްރާރުވެގެން މަގާމުގައި ހުރެ އިގްރާރާއި ހިލާފްވުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ސިޔާސަތުތައް ކަމުނުދަންޏާ އިސްލާހު ކުރަން މަސައްކަތް ކުރާނީ މަސްވަރާ ކޮށްގެނެވެ. ތިމާ ބޭނުންހާ ގޮތަކަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރާކަށް ލާޒިމެއް ނުވާނެއެވެ. ސިޔާސަތު ކުރިއަށް ގެންދަނެގޮތް އެނގެނީ ރައީސް ކަމުގައި ހުންނަ މީހައަށެވެ. ސިޔާސީ ގޮތުން އައްޔަނުކުރި މަގާމުގައި ހުރިހާ ދުވަހަކު ނުރުހުނަސް ތަންފީޒު ކުރަން ޖެހޭނީ ރައީސްގެ ސިޔާސަތެވެ. ތެދުވެރި ކަމާއެކުގައެވެ. ބޭނުންވާ ބަދަލުތައް ގެނައުމަށް މަސްވަރާކޮށްގެން އެދޭގޮތަށް އިސްލާހު ނުވެއްޖެނަމަ އިހުތިޖާޖު ކުރަން ޖެހޭނީ މަގާމުން ވަކިވެގެންނެވެ. 

    ރައީސް އައްޔަނު ކޮށްފައި އޮތް މަގާމެއްގައި ހުރެ ރައީސް ކަމުނުގޮސްގެން އިދިކޮޅަށް ވުރެ އިދިކޮޅުވެގެން އުޅޭބަޔަކު ދައުލަތަށް ކޮންމެ ފަދަ ގެއްލުމެއްވެސް ދީފާނެއެވެ. އެފަދަ ނުރައްކާތެރި ކުނި ބުނި ސާފުކޮށް ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް ބާރު ސްޕީޑްގައި ތަންފީޒް ކޮށްދޭން ޖެހެއެވެ. ރައްޔިތުންނަށް ލުއިފަސޭވެ ތަނަވަސްކަން އިތުރުކޮށް ދެވުމުން ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދާ ރުހުން ހޯދަން ވަކި މީހަކު ރުއްސަން އުޅޭކަށް ނުޖެހޭނެއެވެ. 

    ]]>
    Wed, 01 Feb 2023 12:18:33 +0500 ހީރަސް
    ޔާމީނަކީ ޝަރުއީ ނިޒާމަށް ޖެހުނު ކެންސަރެއް https://heerasnews.com/979 https://heerasnews.com/979 އިއްތިފާގުގެ ވާހަކަ ދައްކަން އެނގޭނީ ޑރ. ޖަމީލަށެވެ. ޖަމީލަކީ ހުރިގޮތަށް ހުރި އިއްތިފާގެވެ. ރައީސް ޔާމީނަށް އެންމެ ބާރަށް އެންމެ ގިނައިން ވަގަށް ގޮވާ ރައީސް ޔާމީނަކީ ވަގެއް ނޫންކަމަށް ހަދަން އުޅުމަށް ވުރެ ވަކީން ބޮޑު އިއްތިފާގެއް ނެތެވެ. އާނއެކެވެ. ރައީސް ޔާމިނުގެ ޝަރީއަތް ތަކަކީ ރާއްޖޭގެ ޝަރުއީ ނިޒާމްގައި ޖެހުނު ލައްގަޑެއް އެކަންޏެއް ނޫނެވެ. ޝަރުއީ ނިޒާމަށް ޖެހުނު ކެންސަރެކެވެ.

    ރައީސް ޔާމީނާ ދެކޮޅަށް ނިޔާއެއް ކަނޑައަޅައިފި ފަނޑިޔާރަކީ ހައްގުވާ މަގާމުގެ ކުރިއެރުމެއްވެސް ލިބިގެން ވާންވާނެ މީހެއް ކަމަށް ނުވެއެވެ. ރައީސް ޔާމީނަށް ކުށެއް ސާބިތުވާ ކަމަށް ނިޔާ ކަނޑައަޅާ ކޮންމެ ފަނޑިޔާރަކީ މުޖރިމަކަށް ހަދައެވެ. ކަނޑައަޅާ ނިޔާއަކީ ހަރާން ހުކުމަކަށް ހަދައެވެ. ރައީސް ޔާމީނަށް ކުރާ ކޮންމެ ދައުވާއަކީ ސިޔާސީ ދައުވާއަކަށް ވެއެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުރެ ދައުލަތް ދަވާލައިގެން ނިކުމެ ހުއްޓަސް ވަރިހަމަތާއެވެ. ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމަށް ﷲ ގަންދީ ހުވާކޮށްގެން ހުއްޓަސް ހެޔޮތާއެވެ. ސަރުކާރުން ލީސްކުރި ކޮންމެ ރަށެއް ލީސްކުރި ކޮންމެ ބައެއްގެ އަތުން މިލިޔަން ޑޮލަރު ރައީސް ޔާމީނުގެ އަމިއްލަ އެކައުންޓަށް ޖަމާވެފައި ހުއްޓަސް ހެޔޮތާއެވެ.  

    މަނީލޯންޑަރިންގއާއި ހިޔާނާތާއި ރިޝްވަތުގެ ކުށްތަކަށް ތުހުމަތު ކުރެވި ތަހުގީގު ކުރެވި ދައުވާ ކުރަން ފެށުމުން ރެއެއްގެ ރޭވެފައި އަލިވިލުނު އިރު ކުއްލިޔަކަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ރައީސް ޔާމީނު ވެއްޖެއެވެ. ކުރިހާ ވައްކަމުގައި ބައިވެރިކޮށްގެން ގެންގުޅުނު މީހުން ފާސިގުންނަށްވެ ހެކިބަސް ޝަރީއަތަށް ގަބޫލު ކުރުމަކީ ބޭއިންސާފަށް ވެއްޖެއެވެ. ދިފާއީ ހެކިވެރިން ދިންހާ ދޮގު ހެއްކަކީ ހައްގު ތެދަށް ހަދަން ވެއްޖެއެވެ. އަންނަ މަރޗް މަހު ރައީސް ޔާމިނު މިނިވަންވެ ހުދު ބޯކިރު ކޮޅަކަށް އެބަ ވެޔޯލައެވެ. އެމްއެމްޕީއާރުސީ މައްސަލައަކި އުފެދުމުގައި ވެސް ބާތިލު މައްސަލައަކަށްވެ ޑރ. ޖަމީލު ކުރިން ކީހާޅެން ފަރިއްސަށްވެ ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތަކީ ރައީސް ޔާމީނާ ހަމަވުމުން ހުއްދަ ހަލާލު އެއްޗަކަށްވެ ނިމުމަކީ ޑރ. ޖަމީލުމެންގެ އިންސާފެވެ.

    ]]>
    Tue, 31 Jan 2023 21:20:44 +0500 ހީރަސް
    ގިނަބަޔަކަށް ވަޒީފާ ލިބެން ނައިފަރު ޝިޔާމް ދެކޮޅު! https://heerasnews.com/978 https://heerasnews.com/978 ރަށްރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ވަޒީފާ ލިބި އެމީހުން ބާރުވެރިވާތީ ނައިފަރު ދާއިރާގެ މެންބަރ ޝިޔާމު ހާދަ ރުޅިއެއް އެބަ އާދެއެވެ. ރަށްރަށު މީހުންނަކީ ނައިފަރު ޝިޔާމުމެންގެ ތުނބުން ވެއްޓޭ ބަތްފުށް ކާން ތިބޭ ބަޔަކަށް ނުވާ ގޮތްވާތީ މޭކަރާނެއެވެ. ގިނަ ރައްޔިތުންނަށް ވަޒީފާތައް ލިބި ކޮންމެ މީހަކީ ފުދުންތެރި އަކަށް ވާތަން ދެކެން ނައިފަރު ޝިޔާމުމެން ނޭދޭނެއެވެ.

    އެކަމަކު ބުނަން ހެއްޔެވެ. އެންޓިކޮރަޕްޝަން ކަމިޝަނަކީ ނައިފަރު ޝިޔާމުގެ ބޮލިރަވައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ނައިފަރު ޝިޔާމުގެ އައްޑާއެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހު ރިސެސް ނިމި އަލުން މަޖިލިސް ހުޅުވޭތީ ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީން ބިރުން ތުރުތުރު އަޅާނީ އެހެން ނަމަތާއެވެ.  

    ރައީސް ސާލިހު ވެރިކަމަށް އައީވެސް ރައްޔިތުން ފުދުންތެރި ކުރުވުމަށެވެ. ތަފާތު ނައްތާލުމަށެވެ. ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ހޯދާދޭށެވެ. ވަޒީފާނެތި އާމްދަނީ ލިބޭނެގޮތް ނެތިފައި ތިބި އެތައް އާއިލާއެއް ރައީސް ސޯލިހުގެ ހެޔޮވެރިކަމުގައި ހެއްވާލައިފިއެވެ. އެތައްހާސް ރައްޔިތުންނަށް ރަށުގައި ތިބެ ވަޒީފާ އަދާކުރެވޭނެ ފުރުސަތު ހޯދައިދީފިއެވެ.

    ކޮންމެ ރަށެއްގައި ކަރަންޓާއި ފެނާއި ނަރުދަމާ ޒަމާނީ ފެންވަރަށް ގާއިމުކޮށް އެހިދުމަތްތައް ދިނުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތް ނުހޯދާ ހިދުމަތްދޭނެ އެހެން މޮޅު ގޮތެއް ނައިފަރު ޝިޔާމަށް އެނގެންޏާ އެކަން ކުރަން ވެރިކަމަށް އާދެވެންދެން މަޑު ކޮށްލާށެވެ. ރައްޔިތަކަށް ހޯދާދިން ވަޒީފައެއް ނެތޭ ކިޔާ އަނގަ ދިޔާކުރެވެން މިހާރު ނެތީމާ އިންތިހާބަށް ސަރުކާރުން ވަޒީފާ ބަހާކަމަށް ވެއްޖެއެވެ.

    ބޮޑުގެރި ބޭރަށް ހިންގާހެން ކެނޑޭ ގޮތަށް ރަށްރަށުގައި ކަރަންޓް ދިން އިރު މީހަކު ދެމީހަކު ލައިގެން އިންޖީނުގެ ހިންގި ޒަމާން ހިނގައްޖެއެވެ. ފެނުގެ ހިދުމަތް ގާއިމު ކުރެވޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ދަމަހައްޓާ ބަލަހައްޓާ ނަގަހައްޓަން މުއައްޒަފުން ހޯދާނެއެވެ. ނަރުދަމާގެ ހިދުމަތާ ގުޅޭކަންކަމަށް ވެސް މުއައްޒަފުން ބޭނުންވާނެއެވެ. ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތުގެ ވިއުގަ ފުޅާވާ ވަރަކަށް އެ ހިދުމަތް ދެމެހެއްޓުމަށް އެކަށީގެންވާ އަދަދަށް މީހުން ބޭނުންވާނެއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އެރަށެއްގެ ނިސްބަތުން ހިދުމަތް ގާއިމުކޮށް ދަހައްޓަން މުއައްޒަފުން ހޯދާނެއެވެ.

    އާނއެކެވެ. ރާއްޖޭގެ ކަންކޮޅުތަކުން އެތައް ސަތޭކަ ބަޔަކަށް ސަރުކާރު ކުންފުނިތަކުން ވަޒީފާ ދީފިއެވެ. އަދިވެސް ދޭނެއެވެ. ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށް ދިނުމަށް ވަޒީފާ ދޭންޖެހޭ ބަޔަކަށް ވަޒީފާ ނުދިއެއް ނުއޮންނާނެއެވެ. އެކަމުން އެތައް ކަމެއް ހާސިލުވެއެވެ.

    ރައްޔިތުންގެ ތެރެއިން ގިނަ އައިލާތަކަކަށް އާމްދަނީ ކަށަވަރުވެ ފޯރުންތެރި ކަން އިތުރުވެއެވެ. ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބެއެވެ. އަނެއްކޮޅުން ރައްޔިތުންނަށް ތަފާތެއް ނެތި އަސާސީ ހިދުމަތް ލިބި ކޮންމެ ރަށަކީ އިގްތިސާދީ ގޮތުން ކޮންމެވެސް މަސައްކަތްތަކެއް ހިންގޭ ފުދުންތެރި ރަށަކަށް ވެގެން ދެއެވެ. ފެނަކައާއި ސްޓެލްކޯއާއި އެމްޓީސީސީއާއި އެސްޓީއޯ ފަދަ ކުންފުނިތަކުން އެ ކުރަނީ އެ މަސައްކަތެވެ. ހެޔޮވެރިކަމެއްގެ ހެޔޮކަން މުޅި ރައްޔިތައް ފޯރުކޮށްދެނީއެވެ.      

    ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭ ވެރިއަކަށް ގިނަ ބަޔަކު ތާއީދު ކުރާނެއެވެ. ގޮތް ހުސްވެ ވަޒީފާ ނެތި އަސާސީ ހިދުމަތުން މަހުރޫމު ވެފައި ތިބި ބަޔަކަށް އެ ހާލަތުން އަރައިގަނެވޭނެ ގޮތްވުމަކީ ތާއީދާ ލޯބި ލިބޭނެ ކަމެކެވެ. ހެޔޮވެރިކަމެއް ކޮށްދޭ ހެޔޮވެރިއަކު ވެރިކަމުގައި ބަހައްޓަން ތާއީދުކޮށް ރައްޔިތުން ވޯޓު ދެނީ އެހެން ވެގެނެވެ. ވޯޓަށްޓަކައި ވަޒީފާ ދެނީއެއް ނޫނެވެ. ރަށުގައި ތިބެ ފުދިންތެރިކަން އައިލާ ތަކަށް ލިބުމުގައި ވަޒީފާ މުހިންމެވެ. އެފުރުސަތު ރައްޔިތުންނަށް ހޯދައިދޭ ވެރިއަކަށް ހިތު ލޯބިން ވޯޓުދީ އެވެރިކަން ދަމަހައްޓަން އިހުލާސްތެރި ކޮންމެ މީހަކު މަސައްކަތް ކުރާނެއެވެ. މީސް މީހުނަށް ވޯޓުދީގެން މީސްމީހުން ވެރިކަމަށް ރައްޔިތުން ގެންނަނީ އެމީހުނަށް ހެވާ ލާބަ ހޯދުމަށެވެ.  

    އިންތިހާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ ވަޒީފާ ސަރުކާރުން ކުންފުނިތައް މެދުވެރިކޮށް ބަހަނީއޭ ބުނެ ފިތުނަވެރި ވާހަކަ ދެއްކިދާނެއެވެ. ރައްޔިތުން ބަޔަކު ވެރިކަމަށް ގެންނަނީ އެމީހުނަށް ފަހި ރަނގަޅު ގޮތް ހޯދުމުގެ ބޭނުމުގައެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ކުރެވޭ ކޮންމެ ކަމެއް ކުރެވެނީ ރައްޔިތުންގެ ހެވާލާބައަށެވެ. ރައްޔިތުންގެ ހެވާލާބަޔަށް ރައިސް ސާލިހުގެ ހެޔޮވެރިކަމުގައި ކުރެވޭ ކަންކަން ހުއްޓުވާ ސަރުކާރު ޕެރަލައިޒްކޮށްލަން ލައްކަ މަސައްކަތް ވާދަވެރިން އެބަކުރެއެވެ. އެހެނެއް ކަމަކު ރައްޔިތުންގެ ހިދުމަތުން ރައީސް ސާލިހު އެންމެ އިންޗިއެއް ވެސް ފަހަތަކަށް ނުޖެއްސޭނެއެވެ.

    ]]>
    Tue, 31 Jan 2023 13:57:39 +0500 ހީރަސް
    ވައްޑެމެން ހުއްޓާނީ އަންނި މަގުމަތިކޮށްފަ! https://heerasnews.com/976 https://heerasnews.com/976 ފައިނު ވައްޑެ ތިހެން ފޮނު އަރުވަ އަރުވަ ހުއްޓާ ގައުމީ މަޖިލިސް ގޮނޑިތަކަށް ހޮވުނީވެސް ނަޝީދާ ހިޔާލު ތަފާތު މީހުންނެވެ. އެމްޑީޕީގެ މުޅިގައުމީ މަޖިލީހުގެ 10 ވަރަކަށް އިންސައްތަ މީހުންގެ ތާއީދު ވައްޑެމެންނަކަށް ނެތެވެ. އެމްޑީޕީގެ ޗެއަރޕާސަން ހޮވަން އުޅުނު އިރުވެސް ނަޝީދުގެ ކަލްޓުން ވައްޑެމެން ފިސާރި ވައްވައް ޖެއްސެވެ. ހިތާ ހިތް ގުޅުފައި އޮވެގެންނެވެ. ހުތުރު ބައްޔަކުން އިމްތިޔާޒު ފަހުމީ ބަލިވީވެސް ތިޔަ ފާޑަށް ކޯތަޅުވަ ތަޅުވަ ތިއްބައެވެ. 

    ބުނެވި ދިޔަ ދެ އިންތިހާބުގައި ވެސް ނަޝީދު ކޮޅު މޮޅެއް ނުވިއެވެ. އާއްމު މެންބަރުންގެ ވޯޓުން ދެ ފަހަރުމެވީ ބޮޑުތަނުން ބައްޔެވެ. އޭރަކު ތިޔަ ބުނާ އޮނަސަޅީސް ހާސް މީހުނެއްވެސް ދަފުތަރަކުން ނުކަނޑައެވެ. ނަޝީދު ބުނިހާ ގޮތަކަށް ވޯޓުދޭނެ ކަމަށް ވައްޑެމެން ބުނާ 39000 މީހުން ނުކެނޑި އެމްޑީޕީގައި ތިބި އިރު އިމްތިޔާޒު ފަހުމީ ހުތުރު ބައްޔަކުން ބަލިވީ ކީއްވެ ހެއްޔެވެ. ނަޝީދާއި އީވާއާއި ހަސަންކޮއައި ވައްޑެޔާއި އެންމެން ވެގެން އިންތި ހޮވަން އޭރު ނުކުރަނީ ކިއްހެއްޔެވެ. އެކަމަކު އިންތި ވެސް ދިޔައީ ޗޮކުންނެވެ. 

    ގައުމީ މަޖިލިސް ރައީސް ނަޝީދަށް ގެއްލުނީ ހަމަ މެންބަރުންގެ ތާއީދު ނެތިގެންނެވެ. އިމްތިޔާޒު ފަހުމީއަށް ނަޝީދުގެ ބައިގަނޑު ކިތަންމެ ވަރަކަށް ތާއީދުކޮށް ކަރުފެޅޭ ވަރަށް ހިމާރު ހެދުނަކަސް އިންތިއަށް ޖެހުނީ ދޮޅިކެނޑިގެން ފައިތަޅާގެ އަޑިއަށް ދާށެވެ. ޗެއަޕާސަން ކަމުގެ ހިޔަނި ވެސް ނުފެނިއެވެ. އެންމެ ފަހުން އިންތިއަށް ލިބުނު ކެހީގެ ބަދަލު އަންނިގެ ކިބައިން އެ ހިފާލީ ހާދަ ހުތުރުކޮށެވެ. 

    ރައީސް ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ވިޔަ ނުދިނުމަށް އެމްޑީޕީ ފަޅާލާ ބައިބައި ކޮށްލަން ތިޔަ ޖަހަނީ މަރުފައްޔެވެ. އިންތިއާއި ވައްޑެމެނަށް ވެގެން ވަންޏާ ރައީސް ނަޝީދު އަނެއްކާވެސް ފައިވާން އަތަށް ނަގައިގެން ގިނިކަންޏާ މާލޭގެ މަގުތަކުގައި ނުދުއްވައެއް ނުހުއްޓާނެއެވެ. ޖެހިޖެހިގެން އެތައް އިންތިހާބަކުން ނަޝީދުގެ ފިކުރު ވަނީ ބާކީވެ އެކަހެރިކޮށްފައެވެ. ރައީސް ނަޝީދާއި ނަޝީދުގެ ފިކުރު އިތުރަށް ނުދިރޭ ވަރަށް ތާއީދު ވަނީ ގެއްލިފައެވެ. ހަމަތެދެކެވެ. ނަޝީދުގެ ފިކުރު ކޮމާގައި އޮވެ ނުދިރި މަރުވެއްޖެއެވެ.

    ]]>
    Mon, 30 Jan 2023 14:57:33 +0500 ހީރަސް
    ރޭވެނީ އަންނި ޖާނުންފިދާވެގެން އިބޫއަށް ދޭ ސިޔާސީ ހަމަލައެއް https://heerasnews.com/973 https://heerasnews.com/973 ރައީސް ނަޝީދަށް ބައެއްގެ ތާއީދު ނެތްކަމަށް ބުނުމަކީ ހެދޭނެ އެންމެ ބޮޑު އެއް ދޮގެވެ. ސިޔާސީ ލީޑަރުންނަށް ތާއީދު ކުރާ މީހުންނާ ޒާތަކަށް އީމާންވާ މީހުން އުޅޭނެއެވެ. އެއީ އިންސާނީ ތޮބީޢަތެވެ. ރައީސް މައުމޫން އެ ހުންނެވީ އެ ދެބައިވެސް ލިބި އެދުވަސް ނިމި ދުވަސް ގޮސްފައެވެ. 

    މީހަކަށް ތާއީދު ކުރާ މީހުން މިބުނި ބީދައިން އޭނާއަށް އީމާންވާ މީހުންނަށްވުރެ ގިނަ ވާނެއެވެ. ތާއީދު ކުރާ މީހުން ތާއީދު ކުރާނީ އަމިއްލަ ލޮލުން ބަލަމުން އަމިއްލަ ސިކުނޑިން ވިސްނަމުން ނެވެ. ނަތީޖާއަކީ އެ މީހާ އުޅޭގޮތާ ބުނާ ބަހާ ކުރާ ކަންކަމުން ކުރިން ކުރި ތާއީދު ގެއްލި ދެއެވެ.

    ނަމަވެސް އެއްކަލަ ގޮތަށް އީމާންވި މީހުންނަށް ވިސްނި ފެނި އަޑު އިވޭނީ އެމީހާ އެހިނދަކަށް ކުރާ ކަމަކާ ބުނާ ބަހަކާ އޭނާ ވިސްނައިދިން އެއްޗެކެވެ. އޭނާގެ އަމިއްލަ ސިކުނޑިއާ އަމިއްލަ ލޮލާ ކަންފަތަކީ ނެތް އެއްޗިހި ފަދަ ވާނެއެވެ. އެގޮތަށް އީމާން ވީމާ އޭނާ ކުރާނީ ހުސް ރަނގަޅު ކަންކަމެވެ. ބުނާނީ ހުސް ހެޔޮބަހެވެ. އަދި އޭނާގެ ފުށުން އިވޭނީ ހައްތާވެސް ހެޔޮ ބަހެވެ. އިންސާނުންނަކީ މަރު ގަންނަވަން ދެން މި ހާލެއްގައި އުމުރު ކަންފަތި ކުރާ ބައެކެވެ. 

    ނިމި ދިޔަ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދުގެ ބަސްމަގު ހުރީ އިދިކޮޅު ޕީޕީއެމާ ދާދި ގާތުގައެވެ. އެއްކަލަ މީހުންނަށް އެގޮތް އޯކޭއެވެ. އެ ކެމްޕޭންގައި ރައީސް ނަޝީދާ އެއްކޮޅަށް މަރުދީ އުޅުނު އެއް ބަޔަކީ ޕީޕީއެމް އެކްޓިވިސްޓުންނާ އެމީހުންގެ ނޫސް މީޑިއާ ތަކެވެ. އެނގި ތިބެ އެކަން ވެސް އޯކޭ ބަޔަކު އެބަ އުޅެއެވެ. 

    ރޮޒޭނާ އާއި ތަސްމީނާއި އަލީ އާޒިމާ "ޝައިތޯނާ" ވެސް ރައީސް ނަޝީދާ އެކުގައި ތިބިތަ އެއީ ބަތަލުންނެވެ. ދުރަށް ޖެހިލާ އިރަށް އެވަރުގެ ނުބައި ބަޔަކު ނެތެވެ. ކައިރީގަ ހުރިއްޔާ އޯކޭއެވެ. މިފަހަރު އަލީ އާޒިމް އޯކޭއެވެ. އެކުގައި ނެތުމުން ރޮޒޭނާ އޯކޭ އެއް ނުވިއެވެ.

    ގާސިމާއި އިމްރާނާއި މައުމޫނާއި އަދީބާއި ޖަމީލަކީ ބަޣާވާތުގެ އަހުލު ވެރިންނޭ އެމީހުންނާ ކޯލިޝަން ހެދީ އޭ ބުނެ ބަހަނާ ނުދައްކާށެވެ. އެ އެންމެންނާ ރައީސް ނަޝީދު ޖަލުގައި ތެޅުވި އެންމެންގެ މުއްލާ އަކަށް ހުރީ ރައީސް ޔާމީނެވެ. ތިޔަ ބުނި އެންމެން ރަންހާރެއް ހެން އަމުނައިގެން ގެނެސް ރައީސް ސޯލިޙްގެ ކަރުގައި ކޯލިޝަންގެ ހާރު އެޅުވީ ރައީސް ނަޝީދެވެ.

    އެކަމަކު އެންމެންގެ ބޮސް ޔާމީނު ރައީސް ނަޝީދަށް އޯކޭ ވީމާ އެއްކަލަ ބާވަތަށް އީމާންވި މީހުން އެތިބީ ވިދާޅުވިޔަތީ އޯކޭ ވެގެންނެވެ. އަމިއްލަ ސިކުނޑިއެއް ލޮލެއް ކަންފަތެއް ނެތް ފަދައެވެ. 

    އެމްޑީޕީ އުފެދިގެން އެންމެ ފުރަތަމަ ކުރި ކަމަކީ ލާއިންސާނީ އަނިޔާ ނައްތާލުމެވެ. އެމްޑީޕީ އުފެދުނު ފަހުން އެންމެނަށް އަނިޔާކުރި ހުރީ އެންމެ މީހެކެވެ. އެއީ ރައީސް ޔާމީނެވެ. ޕީޕީއެމާއި ރައީސް ޔާމީނާ އޯކޭ ނުވާ އަދި ނުވެސް ވާނެ ކަމަށް ވިދާޅުވާ ހަމަ އެކަނި ލީޑަރަކީ ރައީސް ޞޯލިޙެވެ.  

    ޕްރައިމަރީގެ ތެރޭގައި ރައީސް ޞޯލިޙް އެހެން ވިދާޅުވީ ވެސް އެމްޑީޕީގެ ރައީސް، ރައީސް ނަޝީދަށް ޔާމީނު އޯކޭވިލެއް ބޮޑުކަމާއި އަވަސް ކަމުންނެވެ. ތާއީދު ކުރާ މީހުންނަށް އެވަރު އެނގުނަސް އީމާންވީ މީހުން ގޮވާ ނަގަނީ އަވަހަށް ޕާޓީއެއް ހަދާ ވަކިން ވާދަ ކުރުމަށެވެ.

    ޕްރައިމަރީން ރައީސް ނަޝީދު ބަލިވުމަކީ މި ފަހުން ރައީސް ނަޝީދުވީ 5 ވަނަ ބައްޔެވެ. ޑިމޮކްރަސީއަކީ މޮޅުވާ މީހާ ފަހަތަށް ބަލިވާ މީހާ އެރުމޭ އެންމެ ބާރަށް ގޮވީ ރައީސް ނަޝީދެވެ.

    ތިމާ ބަލިވީމާ އެހުރީ ހިމޭނުންނެވެ. 

    ހިމޭނުން ހުރުމުގެ މާނަ އެނގޭ ހެއްޔެވެ؟ މިހާރު އެ ބަލަނީ ވަކިން ވާދަ ކުރަން ގޮވާ އީމާންވި މީހުންގެ އަޑު ވައިގައި ހިފާ ވަރެއް އަޖުމަ ބެލުމެވެ. ދެން މަޖިލިސް ރައީސް ކަމުން އިސްތިއުފާ ދިނުމަށް ފަހު ވާނެ އެއްޗެއްވާން އަމިއްލައަށް ވަކިން ކުރިމަތި ލާނެއެވެ.

    ކޮންމެހެން ހޮވޭކަށް ނޫނެވެ. ބަޔަކު ގަޅަ ހައްދައިގެން ވެސް އެޖަހަން އުޅޭ ސުއިސައިޑް އެޓެމްޕްޓަކީ ރައީސް ޞޯލިހަށް ދެވަނަ ދައުރެއް ނުދޭން ހިތުގައި އޮތް އަދާވާތް ތެރިކަމާއި ނަފްރަތެވެ. ޕްރައިމަރީން ބަލި ވުމުން ހިމޭނުން ހުރެގެން އެ ޖަހަނީ ޢަދާވާތް ތެރިކަމުގެ ވަކަރަށެވެ.

    ]]>
    Mon, 30 Jan 2023 02:16:49 +0500 ހީރަސް
    ނަޝީދަށް ކާމިޔާބުނުވީ ތިރީސްނުވަހާސް މެންބަރުން އުނިވެގެނެއްނޫން https://heerasnews.com/972 https://heerasnews.com/972 ރައީސް ނަޝީދަށް ޕްރައިމަރީ ގެއްލުނީ: 

    • އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލު ރައީސް ނަޝީދަށް ގެއްލުމުން
    • ގައުމީ މަޖިލިސް އިންތިހާބު ރައީސް ނަޝީދު ތާއީދުކުރެއްވި ގިނަމެންބަރުން ދައިރާތަކުން ނުހޮވުމުން
    • ޗެއަރޕާސަންގެ މަގާމަށް ރައީސް ނަޝީދު އެންޑޯޒް ކުރެއްވި އިމްތިޔާޒު ފަހުމީ ނުހޮވުމުން
    • ރައީސް ސާލިހުގެ ހެޔޮވެރިކަމާ ރައީސް ނަޝީދު އިދިކޮޅަށް ވުރެ އިދިކޮޅުވުމުން. 

    އެމްޑީޕީގެ މެންބަރަކަށް ވުމަށް ފޯމުފުރާފައި ޕާޓީގެ އޮފީހަށް ފޮނުވުމުން ޕާޓީގެ ދަފުތަރަށް އެމީހެއްގެ ނަން ނިކަން ފަސޭހައިން އަރުވާލައެވެ. އެއަށްފަހު ކުރަންޖެހޭ ގިނަކަންކަން ސެކެރެޓެރިއޭޓުން އޮންނަނީ ނުކޮށެވެ. އިލެކްޝަންގެ ދަފުތަރަށް އެމެންބަރަކު ލުމަށް ކުރަންޖެހޭ އެއްވެސް ކަމެއް މަދުންނޫނީ ކުރެވިފައެއް ނެތެވެ. އޭރުގެ ޗެއަރޕާސަން ހަސަން ލަތީފް އެކަމަށް ކުޑަވެސް ސަމާލުކަމެއް ނުދެއްވައެވެ. އިލެކްޝަން ކަމިޝަންގެ ލިސްޓާއި އެމްޑީޕީގެ ސެކްރެޓެރިއޭޓްގެ ދަފްތަރު އެއްގޮތް ކުރުމަކީ އެއްވެސް ބޭނުމެއް އޮތްކަމެއް ކަމަކަށް ޕާޓީގެ ރައީސް ނަޝީދަކަށް އަދި އޭރުގެ ޗެއަރޕާސަން ހަސަން ލަތީފަކަށް ގަބޫލެއް ނުކުރެއްވެއެވެ. 

    ކޮންމެ އެތެރޭގެ އިންތިހާބަކާ ގުޅުވައިގެން އެހެން ޕާޓީތަކުން މީހުން ވަދެ އިންތިހާބުތައް ގަޑުބަޑު ކުރާ ވާހަކައަކީ ރައީސް ނަޝީދު ކެނޑިނޭޅި އަޑުހަރުކޮށް ދެއްކެވި ވާހަކައެކެވެ. އެންމެފަހުން ޕާޓީގެ ޗެއަރޕާސަން ހޮވުމަށް ބެއްވި އިންތިހާބުގައި ވާދަކުރެއްވި ދެކެންޑިޑޭޓުންގެ ތެރެއިން ރައީސް ނަޝީދާއި ކުރީގެ ޗެއަރޕާސަން ހަސަން ލަތީފާއި ޕާޓީގެ ލީޑަރޝިޕުން ތާއީދުކުރި އިމްތިޔާޒު ފަހުމީގެ މެނެފެސްޓޯގެ އެއްވަނަގައި އޮތީ ޕާޓީ ދަފްތަރު ސާފުކުރުމުގެ ވާހަކައެވެ. ދަފްތަރު ސާފުކުރުމަށް އެއްވެސް ސަމާލުކަމެއް ނުދެއްވާ ތިއްބެވި ބޭފުޅުންތަކެއް ތާއީދުކުރައްވާ ކެންޑިޑޭޓްގެ ދައުރުގައި ކުރާއްވަނެ އެންމެ އިސްކަމަކަށް ދަފްތަރު ސާފު ކުރުން ވެގެން ދާނީ ގައިމު ދަފުތަރުގައި ބޮޑެތި މައްސަލަތަކެއް ހުރެގެންތާއެވެ.

    ދަފުތަރުން އުނިވީ ނަޝީދުގެ ސަޕޯޓަރުން އެކަންޏެއްނޫން

    ކަން ދިމާކުރި ގޮތުން ރައީސް ނަޝީދުމެން ތާއީދު ކުރެއްވި އިމްތިޔާޒް ފަހުމީއަށް ޗެއަރޕާސަންކަން ކާމިޔާބެއް ނުކުރެއްވުނެވެ. އިންތިހާބު ކާމިޔާބު ކުރެއްވީ ހިންގާލަން ނިކުންނެވި ފައްޔާޒު އިސްމާއީލެވެ. ފައްޔާޒަށް ޗެއަރޕާސަން ކަން ލިބި ވަޑައި ގަތުމާއެކު އެންމެ އިސްކަމެއް ދެއްވީ އިމްތިޔާޒް ފަހުމީ ޓީމުގެ އެންމެ ބޮޑު ކަންބޮޑުވުން ހައްލުކުރުމަށެވެ. އެމްޑީޕީގެ ދަފުތަރު ސާފު ކުރެއްވުމަށެވެ.

    އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމާއި އެއްގޮތަށް ގާނޫނީ ހަމައިގެ ތެރެއިން ދަފްތަރު ސާފު ކުރެއްވިއެވެ. ދަފްތަރު ސާފުކޮށް ނިމުނުއިރު އޮނަސާޅީސް ހާހެއްހާ މީހުންނަށް އެމްޑީޕީގެ މެންބަރޝިޕް ގެއްލުނެވެ. ހަސަން ލަތީފު އިސްވެ ހުންނެވި ސެކެރެޓެރިއޭޓުގެ ގައިރު ޒިންމާދާރު ކަމުންނެވެ. މެންބަރޝިޕް ގެއްލުނީ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތައީދު ކުރާ މީހުންނަށް އަމާޒު ކޮށްގެން ކަމަށް ބުނެ ހަސަން ލަތީފުމެން ވާހަކަ ދެއްކެވުމަކީ އެބޭފުޅުންގެ އިހުލާސްތެރިކަމެއް ނެތްކަން ދަލީލުކުރާ ސަބަބެކެވެ. މެންބަރުޝިޕް ގެއްލުނު މީހުންގެ ތެރޭގައި ރައީސް ނަޝީދަށް ތާއީދުކުރާ މީހުން ތިބިހެން ރައީސް ސާލިހަށް ތައީދުކުރާ އެ ބައެއްގެ ވޯޓު ރައީސް ސާލިހަށް ކަށަވަރު އެތައް ހާސް ބަޔަކު ވެސް ހިމެނެއެވެ.

    ރައީސް ނަޝީދަށް ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުވުމާ ޕާޓީގެ ދަފްތަރު އިސްލާހު ކުރުމާ ގުޅުމެއް ނެތެވެ. ރައީސް ނަޝީދުގެ ނާކާބީ ގުޅިވައިވަނީ މިދަންނަވާ ކަންކަމުގެ މައްޗަށެވެ.

    • އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ކޮންޓްރޯލު ރައީސް ނަޝީދަށް ގެއްލުން
    • ގައުމީ މަޖިލިސް އިންތިހާބު ރައީސް ނަޝީދު ތާއީދުކުރެއްވި ގިނަމެންބަރުން ދައިރާތަކުން ނުހޮވުން
    • ޗެއަރޕާސަންގެ މަގާމަށް ރައީސް ނަޝީދު އެންޑޯޒް ކުރެއްވި އިމްތިޔާޒު ފަހުމީ ނުހޮވުން
    • ރައީސް ސާލިހުގެ ހެޔޮވެރިކަމާ އިދިކޮޅަށް ވުރެ އިދިކޮޅުވުން. 

    އިސްވެދިޔަ ސަބަބުތައް އެހެން ހުރުމުން ރިޔާސީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނީ 39000 މެންބަރުން ދަފުތަރުގައި ނެތުމުންނޭ ކިޔުމުގެ ޖާގައެއް ނެތެވެ.

    ]]>
    Sun, 29 Jan 2023 14:01:54 +0500 ހީރަސް
    ރައީސް ނަޝީދަށް މިވީ ކިހިނެއް! https://heerasnews.com/971 https://heerasnews.com/971 ހުތުރު ބައްޔަކުން ބަލިވެ ވަޑައިގެން ރައީސް ނަޝީދުގެ ތަރި އޮއްސިއްޖެ ކަހަލައެވެ. ގޮތްދޫ ނުކުރެއްވުމާ ތިމާނޫން މީހަކީ މީހެއް ނޫންކަމަށް ހެދިވަޑައިގެން އުޅުއްވުމުގެ ހިތި އަމިއްލަފުޅު ޕާޓީގެ ތެރެއިން ދެކެވަޑައިގަންނަވަން ޖެހި ވަޑައިގަތީއެވެ.

    ވިސްނާ ބަޔަކަށް އިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ. އެތައް ބަޔަކުވީ ގުރުބާނީން ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ގެނައި ގެނައުމަކީ ރައީސް ނަޝީދު ގިނިކަންޏާ ކުރެއްވި މަސައްކަތްޕުޅުން ކުރެއްވި ކަމެއްކަމަށް ހެއްދެވިއެވެ. ދިގުލީ މައުމޫނުގެ ވެރިކަން ނިންމަން ބޭނުންވެފައި ތިބި ވަރުން އެންމެނަކު އޭރަކު ތިބީކީ ކަމުގެ ކްރެޑީޓް ނަގާ ގޮތަކަށް ނޫނެވެ. ދަނޑިވަޅުގެ ބޭނުން ނިކަން ރަނގަޅަށް ހިއްޕަވާ އިސްލާހީ ހަރަކާތުގެ ހުރިހާ މަސައްކަތެއްގެ ކުރެޑިޓް ރައީސް ނަޝީދު ނެންގެވިއެވެ.

    އެމްޑީޕީގެ ތެރެއިން ލީޑަރޝިޕްއަށް އަތުވެދާނެ ކަމަށް ބެލެވުނު އެންމެންހެން ސިޔާސީ ގޮތުން ބޯ ހިއްލާލިޔަ ނުދެއްވާ ފައްސާ ނަގާލެއްވިއެވެ. އިބްރާއެއް މުނައްވަރެއް ވަހީދެއް މުހައްމަދު ޝިހާބެއް ކިޔާނެކަމެއް ނެތެވެ. ރީކޯ މޫސައާއި ޑރ. ޑީޑީއާއި މަވޯޓާ ޝަރީފް ފަދަ އެތައް ބަޔަކު ސިޔާސީ ގޮތުން ކަތިލާލެއްވިއެވެ. އާދެ މަސާހިބު ވެގެން ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ނެތް ކޮންމެ މީހަކީ އަބުރެއް އިއްޒަތެއް އިންސާނީ ކަރާމަތެއް ނެތް މީހަކަށް ހެއްދެވިއެވެ. އެހެން މީހުން ކޮށްފައިހުރި އެތައް ކަމެއްގެ ކްރެޑިޓް ނަންގަވާ މުޅި އެމްޑީޕީއަކީ ރައީސް ނަޝީދު ކަމަށްވެ ރައީސް ނަޝީދު ބޭނުންފުޅު ނުވާ އެއްވެސް ކަމެއް ނުހިނގާ ވަރަށް އެމްޑީޕީ ރައީސް ނަޝީދުގެ ގޮނޑިކޮއްކޮއަކަށް ހެއްދެވިއެވެ. 

    ވަތަންއެދޭ އިއްތިހާދުން ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން ލިބި ވަޑައިގަތުމުން މުޅި ރާއްޖެއަކީ ވެސް އެ މަނިކުފާނުގެ ގޮނޑިކޮއްކޮއެއް ކަމުގައި ދެކިވަޑައިގަތެވެ. ސިޔާސީގޮތުން އެ މަނިކުފާނާއި ހިޔާލު ތަފާތު އެޅިހާ ބަތަކަށް ރިހަނުވާ އެތައް ބަޔަކު ތިބިކަން ވިސްނި ވަޑައެއް ނުގަތެވެ. ނުފޫޒާ އަރާބާރާއި ބުއްދި ހުރީ އެ މަނިކުފާނުގެ އެކަނި ނޫންކަން ވިސްނި ވަޑައި ނުގަތުމުން ވެރިކަން ދޫކޮށްލައްވައި އެމްޑީޕީ އެކީ އެކައްޗަކަށް ނުރައްކަލަށް ވައްޓަވާލެއްވިއެވެ. އެމްޑީޕީއަކީ ރައީސް ނަޝީދުގެ ޖާހު މަތިކޮށްދީ ރައީސް ނަޝީދުގެ ދިފާއުގައި އަޑުއުފުލާ ގުރުންބާން ކަންބަޅިއެއް ގޮތުގައި ހެއްދެވީ އެމްޑީޕީ މެންބަރުންނަށް ހެވާ ރަނގަޅު ގޮތަކީ ހަމަ އެކަނި ރައީސް ނަޝީދު ކަމުގައި ދައްކުވައިގެންނެވެ.   

    ދުނިޔޭގެ އޮޔާވައި އަބަދު ޖެހެނީ އެއްގޮތަކަށް ނޫނެވެ. ރައީސް ނަޝީދުގެ އަވާގައި ޖެހިފައި އެމްޑީޕީ އޮތް އޮތުން ބަދަލުވުމުގެ ވަގުތުޖެހި މެންބަރުންގެ ހަގީގީ ބާރުވެރިކަން ޕާޓީގެ ތެރޭގައި ހިނގައިގަތީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކު އެމްޑީޕީގެ ވެރިކަމެއް ކުރައްވަން ފެއްޓެވުމުންނެވެ. އެމްޑީޕީގެ ވެރިކަމަކަށް ވުރެ އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދު ނޫން ބޭފުޅަކު ވެރިކަން ކުރެއްވުމަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަން މެންބަރުން ތަޖުރިބާ ކުރަން ޖެހުމުންނެވެ. އެމްޑީޕީގެ ޓިކެޓްގައި އިންތިހާބުވެ ވަޑައިގެން ރައީސް ސާލިހު ކުރައްވަމުން ގެންދަވާ ހެޔޮވެރިކަމާ، އިދިކޮޅަށް ވުރެ ރައީސް ނަޝީދު އިދިކޮޅުވެ ވަޑައިގަތުމުންނެވެ. 

    ނަތީޖާއެއްގެ ގޮތުން ޕާޓީގެ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވަނިކޮށް ޕީޖީ ގްރޫޕްގެ އަތްޕުޅުން ދޫވެ ކޮންޓްރޯލު ގެއްލި ވަޑައިގެންފިއެވެ. ގިނަ ދައިރާތަކުން ގައުމީ މަޖިލީހަށް އާއްމު މެންބަރު އިންތިހާބު ކޮށްދިނީ ރައީސް ނަޝީދު ދެއްކެވި މީހާނޫން އަނެއް މިހާއެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީ އުފެދުނީއްސުރެ ގައުމީ މަޖީލީހުގެ މައްޗަށް ރައީސް ނަޝީދަށް އޮތް ބާރުވެރިކަން ނެތި އެމްޑީޕީގެ އެންމެ މުހިންމު ގުނަން ވެސް ގެއްލި ވަޑައިގަތީއެވެ.  އެއާއި އެކު ކޮންގްރަސް ބީވެ އެންމެ ފަހުން ރިޔާސީ ޓިކެޓްވެސް ގެއްލި ވަޑައިގަތީއެވެ. 

    ]]>
    Sun, 29 Jan 2023 08:44:07 +0500 ހީރަސް
    ރައީސް އިބޫ %77 ކުރީގައި https://heerasnews.com/968 https://heerasnews.com/968 އެގްޒިޓް ޕޯލްގެ ނަތީޖާ 4:00 އާ ހަމައަށް ދައްކާ ގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބޫ ވަނީ %77 ގެ ކުރިއެރުން ހޯއްދަވާފައި ކަމަށް ޚަަބަރު ލިބެއެވެ. 

    ރާއްޖޭގެ އުތުރާ ، މެދުރާއްޖެތެރެ އަދި އައްޑޫގައި އޮމާން ކަމާ އެކު ވޯޓް ކުރިއަށް ދަނީ ބޮޑު ތާއީދެއް ރައީސް އިބޫއަށް އޮވެގެން ކަމަށް ދައްކައެވެ. 

    އަސުރުން ދަށްވި އިރުވެސް މާލޭގައި ވޯޓްލާން ނުކުންނަ އަދަދު އިންތިހާއަށް މަދު ވުމަކީ ރައީސް ނަޝީދުގެ މާޔޫސްކަން ބޮޑުވި ސަބަބެއް ކަމަށް ގަބޫލު ކުރެވެއެވެ. 

    އޭގެ ފަހުން ބައެއް މަދު ވޯޓް ފޮށިތަކެއްގެ ކައިރީގައި އެކި ބާވަތުގެ ތުހުމަތު އުފައްދާ ހަމަ ނުޖެހުން ހިންގުމުގައި ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަށް ޙަރަކާތްތެރިވާ ކަން ފާހަގަ ކުރެވެއެވެ. ނަމަވެސް އެއީ ޖުމްލަ ނަތީޖާއަށް އަސަރު ކުރާނެ ކަންކަމެއް ކަމަކަށް ނުބެލެވެއެވެ. އެހެން ކަމުން މިއަދުގެ ވޯޓުލުން މުޅިރާއްޖޭގައި ކުރިއަށް ދަނީ އޮމާން ކަމާ އެކުކަން ފާހަގަ ކުރެވެއެވެ. 

    ޚަބަރު ލިބޭ ގޮތުން މިރޭގެ ނަތީޖާ އެކު، މިޕްރައިމަރީގައި ރައީސް ނަޝީދު ފަޅިއަށް ވަޑައިގަތް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ފަދަ ބޭފުޅުން ކޮންސީޑް ކުރައްވާ 2023 ގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެންޑޯޒް ކުރައްވާ ރައީސްއާއި އެކު ކުރިއަށް ދިއުމަށް ނިންމާނެއެވެ.

    ]]>
    Sat, 28 Jan 2023 16:38:45 +0500 ހީރަސް
    ވޯޓުލާ ސަރަހައްދުތައް ނުރައްކަލަށް!!! https://heerasnews.com/967 https://heerasnews.com/967 ލިސްތްގައި ނަންނެތް މީހަކު ދެމީހަކު ވޯޓުލިއްޔޭ ކިޔައިގެން ޕްރައިމަރީ ގަޑުބަޑު ކުރަން މަސައްކަތް ކުރަމުން އެބަދެއެވެ. އީވާ އަބްދުﷲ އިސްވެ ހުންނަވައިގެން ރުޅިގަދަކުރުވާ ހަމަނުޖެހުން އުފައްދަމުން އެބަދެއެވެ. 

    ވޯޓުލާ މަރުކަޒުތައް ގަޑުބަޑުކުރަން މީހުން އެއްކުރުމަށް ރައީސް ނަޝީދުގެ ޓުވިޓަރ އެކައުންޓެއްކަމަށް ބެލެވޭ ހަސަންކުރުސީން ގޮވާލަމުން އެބަދެއެވެ.

    ވޯޓުން ބޮޑެތި ވައްކަން ކޮށްގެން އެމްޑީޕީ ބްލެކްމޭލް ކުރައްވައިގެން އުޅުއްވި ރައީސް ނަޝީދާއި އޭނާގެ ބައިވެރިންގެ އަތުން ބާރުތައް ލުހި އެންމެ ފަހުން ޕްރައިމަރީންވެސް ފޭލިވާނެކަން ޔަގީންވުމުން ހަމަ ނުޖެހުން އުފައްދަން ދިމާކޮށްފިއެވެ. 

    އެމްޑީޕީގެ ސެކެރެޓްރިއޭޓުން ސަލަމަތީކަންކަން ވަރުގަދަ ނުކޮށް އޮވެއްޖެނަމަ ހީނުކުރާވަރު ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމަށް މިނޫހަށް ކަށަވަރުވެފައި ވެއެވެ. 

    ]]>
    Sat, 28 Jan 2023 15:31:15 +0500 ހީރަސް
    ވޯޓުލުން ހުއްޓުވަން ތައްޔާރުވަނީ https://heerasnews.com/966 https://heerasnews.com/966 އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ނަތީޖާ މެންދުރުން އަނބުރާ އަސުރު ވާއިރު ރައީސް ނަޝީދާ އެއްކޮޅަށް ދާކަށް ޔަގީން ނުކުރެވޭ ނަމަ ވޯޓުލާ ސަރަހައްދު ތަކުގައި ހާޖާނު ހައްދާ ވޯޓުލުން ހުއްޓުވަން ރައީސް ނަޝީދުގެ ކެންޕޭނު ޓީމުން ރާވަމުން ދާކަމަށް މައުލޫމަތު ލިބިއްޖެއެވެ. 

    ކޮންމެވެސް މައްސަލައެއް ފެންމަތިކޮށް ތަން ހަލަބޮލިކޮށްލާ ވޯޓުލުން ހުއްޓުވުމަށް ރޭވެމުން ދާކަމަށާއި ވޯޓުފޮށި ފަޅާލަން ޖެހުނަސް ފާޅާލަން ކެރޭވަރުގެ މީސްމީހުންނާ ވާހަކަ ދައްކާ އެކަން ކުރުމަށް ފައިސާ ދެމުންދާކަމަށް ވެއެވެ.

    ޕްރައިމަރީ ތަކުގައި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ވޯޓު އޮޅުވާލާ ބޭނުންވާ މީހާ އަށް ޕްރައިމަރީ ކާމިޔާބު ކޮށްދިނުމުގައި ބޮޑެތި ވައްކަން ކޮށްފައި އެބަހުއްޓެވެ. ޝަކުވާތައް ކޮންމެ ފަހަރަކު ކެންޑިޑޭޓުންނާއި ސަޕޯޓަރުން ކުރެއެވެ. ޝަކުވާ ބެލުމެއްނެތި އޭރުގެ ޗެއަރޕަސަން ހަސަން ލަތީފާއި އީވާއާއި އީވާގެ ފިރިކަލުން އިންތިހާބުތައް އޮޅާލާފައި ހުރީ އެއް ފަހަރަކު ދެފަހަރަކު ނޫނެވެ.

    އެމްޑީޕީގެ ނައިބުރައީސް ހޮވުމަށް ސިއްޕެއާއި އަސްލަމް ވާދަކުރި އިންތިހާބު ސިއްޕެ ކާމިޔާބު ކުރީ ގަޑުކޮށް ފޮށި ތަކަށް ވަގު ވޯޓު އަޅާލައިގެންނެވެ. ލިސްޓެއްގައި ނަމެއް އޮތެއް ނުބަލައެވެ. އާއްމު މެންބަރުން އެކަންކަން ހަޖަމު ކޮށްގެން އެތައް އަހަރެއް ވަންދެން ތިބުމަށް ފަހު އެމްޑީޕީގައި އޮތް ގަބީލީ ބާރު ކަނޑުވާލުމުން ނިކުމެ، ކުރިން ވައްކަންކޮށްގެން އިންތިހާބުތައް އޮޅާލިހެން އެންމެންވެސް އެކަން ކުރާނެކަމަށް ހީވެދާނެއެވެ. 

    ރައީސް ސާލިހު ބޭނުންފުޅުވެ ވަޑައިގެން ނަމަ ޕްރައިމަރީ އަކަށް ނުގޮސް ރައީސް ސާލިހަށް ރިޔާސީ ޓީކެޓް ހޯއްދެވެން އޮތެވެ. ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހާއި ކޮންގްރަސްގައި އެކަމަށް އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް ރައީސް ސާލިހު އިހުތިޔާރު ކުރެއްވީ ޑިމޮކްރެޓިކް ގޮތެވެ. ރިޔާސީ ޕްރައިމަރީއެވެ. ކުރު މަގުން ރިޔާސީ ޓިކެޓް ލިބެން އޮވެ ނުހޯއްދަވާ ވޯޓު އޮޅުވާ ވޯޓުން ވައްކަންކޮށްގެން ރިޔާސީ ޓިކެޓެއް ހޯއްދަވަން ރައީސް ސާލިހު ބޭނުންފުޅެއް ނުވެއެވެ. 

    ]]>
    Sat, 28 Jan 2023 13:03:44 +0500 ހީރަސް
    ވޯޓު އޮޅުވާލުމުގައި ހަސަނު ވަރެއްނެތް https://heerasnews.com/963 https://heerasnews.com/963 ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑާނެހެން ހަސަނަށް ހީވާނެއެވެ. ހަސަނަކީ ފެށުނީއްސުރެ ފުޅަށް ބުޑުން ގޮސް ވަގަށް ކެޔޮގަނޑު ކެނޑުންނޫން ކަމެއް ކުރި މީހެއް ނޫންވިއްޔާއެވެ. ހަސަން ލަތީފަށް ވެސް ވެގެން އެއުޅެނީ އެހެންނެވެ.

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހަސަން ލަތީފް ދައްކަނީ އެޒާތުގެ ވާހަކައެކެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް ނަޝީދުގެ ކެމްޕޭން އޮފީހުން ހަސަން ލަތީފް އެ ތުހުމަތު ކުރާނެކަން ކުރިން ވެސް އެނގެއެވެ.

    އެމްޑީޕީގެ ޗެއަރޕާސަން ކަމުގައި ހުރެ ހަސަން ލަތީފުމެން އިންތިހާބުގައި ވޯޓު އޮޅުވާނުލާ ފަހަރެއް ދިޔައީއެއް ނޫނެވެ. އެ ވަގުތަކަށް ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަތްހާ ގޮތަކަށް ޕާޓީގެ ޕްރައިމަރީތައް އޮޅުވާލަ ދިނީ ހަސަން ލަތީފް އިސްވެ ހުރެއެވެ. ވޯޓު އޮޅުވާ ޑަބަލް ސްޓެންޑަރޑް ދައްކަން ހަސަން ލަތީފު ވަރެއް ނުހުންނާނެއެވެ. ވޯޓު އޮޅުވާލަން ކުރާނެ ކަންތައް ވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. 

    ނޫސް ކޮންފަރެންސްގައި އެކިޔާ ދިނީ ވޯޓު އޮޅުވަން ހަސަންމެން ކޮށްއުޅުނު ކަންކަމުގެ ކުޑަ މިންވަރެކެވެ. ޕާޓީގެ ދަފުތަރު ސާފުނުކޮށް އިންތިހާބުތައް ގަޑުބަޑުކުރުމުގައި އުޅުމަށް ފަހު އެ ސަކަރާތްތައް ޖަހަން ފުރުސަތު ގެއްލުނީމާ ލައްކަ މޭ ކަރާނެއެވެ.

    އާނއެކެވެ. އިންތިހާބު އޮޅުވައެއް ނުލެވޭނެއެވެ. އޮޅުވައެއް ނުވެސްލާނެއެވެ. ހަސަނުމެން އިސްވެތިބިއިރު އެމްޑީޕީގެ އިންތިހާބުތައް އޮޅުވާލެވުނުހެން އޮޅުވާލެވުނު ޒަމާން ހިނގައްޖެއެވެ. އެކި ޒާތުގެ މައްސަލަ އުފައްދާ ދޮގުވާހަކަ ފަތުރައިގެން މެންބަރުން ނުތަނަވަސް ކުރުވަން ހަސަނުމެން ތިޔަ އުޅެނީ ކާމިޔާބު ކުރެވޭ ވަރުގެ ތާއީދެއް ނެތީމައެވެ. 

    އެންމެ ފަހުން ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބުގައި ފާހަގަ ވެއްޓޭތީ ވެސް މީހަކު އުޅުނެވެ. ވޯޓު ކަރުދާސް ޗާޕްކުރި ޗާޕްހަނާ ވެސް އޭރު އޮތީކުށް ވެރިވެފައެވެ. ފާހަގަ ވެއްޓޭތީ ކޯޓަށް ގޮސްގެން ވެސް ވީކަމެއް ހަރާމެވެ. ހަމައެހެން ނަޝީދަށް އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ އިންތިހާބު އޮޅުވާލިއްޔޭ ހަސަނުމެން ނުކިޔާނެ ގޮތެއް ނުއޮންނާނެއެވެ. ހަގީގަތަކީ އިންތިހާބެއްގައި ކޮންމެސް މީހަކު ބަލިވާނެއެވެ. އެއްޔަކީ އޮޅުވާލައިގެން ވާކަމެއް ނޫނެވެ. މަގުބޫލުކަން ކުޑަވެގެން ވާކަމެކެވެ.

    ]]>
    Fri, 27 Jan 2023 17:34:04 +0500 ހީރަސް
    ޕްރައިމަރީން އަންނި ބަލިވެއްޖެ ކަން އިއުލާން ކޮށްފި https://heerasnews.com/962 https://heerasnews.com/962 އިންތިހާބެއްގައި  ނަތީޖާ  އިއުލާން  ކުރުމުގެ  ކުރިން ވޯޓުވެސް ނުލަނީސް  ބަލި  ގަބޫލު  ކުރާ  ގޮތަކީ  ކުސަ  ދެމުމާ  ޝަކުވާ  ކުރުމާ  ޝައްކު  އުފެއްދުމެވެ.  މާދަމާ  އޮންނަ  އެމްޑީޕީގެ  ޕްރައިމަރީގައި  ވާދަކުރައްވާ  ރައީސް  ނަޝީދު  ބަލިވެއްޖެ  ކަން  މިދެންނެވި  މޭރުމުން  އިއުލާން  ކުރެއްވީ  ރައީސް  ނަޝީދުގެ  އިންތިހާބީ  އޭޖެންޓް  އަލްއުސްތާޒް  ހަސަން  ލަތީފެވެ. 

    ހުކުރު  ދުވަހު  މެންދުރު  ފަހު  ބޭއްވި  ނޫސްވެރިންގެ  ބައްދަލު  ވުމުގައި  މި އިންތިހާބްގެ  ނަތީޖާ  އޮޅުވާލަން  އުޅޭ  ކަމުގެ  މައުލޫމާތު  ލިބިފައިވާ  ކަމަށް  ހަސަން  ލަތީފު  ވިދާޅުވުމަކީ  މިދެންނެވި  ގޮތަށް  ރައީސް  ނަޝީދު  ބަލި  ގަބޫލު  ކުރެއްވީ  ކަމަށް  ބެލެއެވެ. 

    2018  ގެ  ރިޔާސީ  އިންތިހާބްގެ  ބަލި  ރައީސް  ޔާމީން  ވެސް  އިއުލާން  ކުރެއްވީ  ހަމަ  މިކަހަަލަ  ގޮތަށެވެ.  ޖެހި  ފާހަގަ  ތިރިއަށް  ވެއްޓުމުގެ  އަޖައިބު  ތަކުން  ފުރިގެންވީ  ބަހަނާ  ތަކާ  އެކު  ސުޕްރީމް  ކޯޓުގައި  އެކުރެއްވިހާ  އަނބުރާ  ހޭރިޔާ  ކުރުމަކީ  މިދެންނެވި  ގޮތަށް  ބަލި  ހަޖަމް  ނުވުމުގެ  އަލާމާތް  ތަކެވެ.

    ކެމްޕޭންގެ  ފަހު  ރެލީގައި  ވެސް  ދެ ގޮނޑިބަރި  ދޭތެރޭ  ހަނި  ގޯޅިއެއްހާ  ތަން  ބާއްވައިގެން  ބޭއްވި  ޖަލްސާ  ގައި  ގިނައީ  ޕީޕީއެމް  މީހުން  ކަން  ރައީސް  ނަޝީދަށް  އެނގިވަޑައިގަތީ  ސްޓޭޖަށް  ހުއްޓި  ވަޑައިގެން  ކްރައުޑް  ރަނގަޅަށް  ބައްލަވާ  ލެއްވީމައެވެ.  އެހިސާބުން  އެމަނިކުފާނުގެ  މޫޑް  ސްވިންގ  ވެ،  ސްޕީޗް  އޮޔާ  ގޮސް  އޭތި  މީތި  ވިދާޅުވެ  އަތްތިލަ  ބަޑި  ޖަހަމުން  އެތެރެހައްޓަށް  ބަޑި  ފަޅައިގެން  ގޮސް  ކުއްލިއަކަށް  ޖަލްސާ  ދޫކުރައްވާ  ވަޑައިގަތީ އެވެ.  

    އޭގެ  ފަހުން  ހުކުރު  ދުވަހުގެ  މެންދުރު  ފަހު  ހަސަން  ލަތީފް  މެދުވެރި  ކުރައްވާ  ނަތީޖާ  އޮޅުވާލާނެ  ކަމުގެ  މައުލޫމާތު  ލިބެއޭ  ވިދާޅުވެ  ހަގީގަތުގައި  އެކުރެއްވި  ކަމަކީ  ބަލި  ގަބޫލް  ކުރެއްވުމެވެ. 

    އެންމެ  ފުރަތަމަ  ވެސް  މި ޕްރައިމަރީ  އިން  ބަލިވާނެކަން  ގަބޫލް  ކުރައްވާ  ކުރިމަތި  ނުލައްވާނެ  ކަމަށް  ވިދާޅުވި  ކަމަށް  ވެއެވެ.  އެހެން  ނަމަވެސް  އަރިހުގައި  ތިއްބެވި  ބައެއް  ބޭފުޅުން  ދޫނުކޮށް  ކުރިމަތި  ލައްވަން  ދަންނަވާ  ވަރުން  ޕްރައިމަރީއަށް  ނުކުމެވަޑައިގަތީ  ކަމަށް  މައުލޫމާތު  ލިބެއެވެ.

    ރައީސް  ނަޝީދަށް  ބޭނުންވާ  ރެސްޓާ،  ސިކުނޑީގެ  ހަމަ  ޖެހުން  ލިބުނަ  ނުދީ  އެ މަނިކުފާނަށް  ޕްރެޝަރު  ކޮށްގެން ނެރެ  ގަނަ  ތަޅުވާ  ބަޔަކު  އަރިހުގައި  ތިބެގެން  އެ މަނިކުފާނު  ރޭރު  ކުރަން  މަސައްކަތް  ކުރާ  އިރު  އޭގެ  ފަހަތުގައި  ތިބީ  ރައީސް  ޔާމީނާ  އިދިކޮޅު  ޕީޕީއެމަށް  ވަފާތެރި  މީހުންނެވެ.

    ]]>
    Fri, 27 Jan 2023 16:57:50 +0500 ހީރަސް
    ނަޝީދު ވެރިކަމަށް ގެނެސްގެން ހިޔާވަހިކަން ދޭން ވާނީ ލަސް! https://heerasnews.com/961 https://heerasnews.com/961 އެމްޑީޕީގެ އަމާޒުތަކަށް ވާސިލުވުމަށް ރައީސް ސާލިހު އިންތިހާއަށް އިހުމާލުވެ ވަޑައިގެންފިކަމަށް ވިދާޅުވެ ރައީސް ނަޝީދު ކަންތައްތަކެއް އެބަވިދާޅުވެއެވެ. ރިޔާސީ ޕްރައިމަރީއަށް ނިކުމެވަޑައިގަންނަވާ ވެރިކަން ހޯއްދަވަން ރައީސް ނަޝީދު އުޅުއްވަނީ އެކަންކަން ހާސިލު ކޮށްދެއްވަން ކަމަށް އެވިދާޅުވާ ކަންކަމަކީ ރައީސް ސާލިހު ސަރުކާރުން މެދުނުކެނޑި ކުރައްވަމުން ގެންދަވާ ކަންކަމެވެ. ރައީސް ނަޝީދު އެވިދާޅުވާ ކަންކަން ހާސިލުކުރެވެމުން ނުދާކަމަށް ރައީސް ނަޝީދު އެވިދާޅުވާ ކަންކަން ފުރިހަމަ ވަމުންދާތަން ރައީސް ނަޝީދަށް ފެނިވަޑައި ނުގަތުމަކީ އެމަނިކުފާނުންގެ ވިސްނުންފުޅުގެ ކޮށިކަމެވެ. ނޫނީ އެއީ ރައްޔިތުންނަށް އޮޅުވާލައްވާ އޮޅުވާލުމެކެވެ. އެހެނަސް އެކަންކަން ރައްޔިތުންނަކަށް ނޯޅެއެވެ.

    ރައީސް ނަޝީދު ހާސިލުކުރައްވަން އަމާޒު ހިއްޕަވާ ކަންކަން ކަމަށް ވިދާޅުވާ ކަންކަމުގެ ތެރެއިން ބޯހިޔާވަހިކަމާ ގުޅޭގޮތުން ރައީސް ސާލިހު އަމަލު ކުރައްވަމުން ގެންދަވާ ގޮތަށް މިދަނޑި ވަޅު ބަލާލުން މުހިންމެވެ.

    ބޯހިޔާވަހިކަން:

    ނަޝީދުގެ އަމާޒު:

    • ސަރުކާރާއި ޕްރައިވެޓް ސެކްޓަރ މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުން
    1. ދިގު ނުދަންމާ ގޯތި ކަނޑާފާ ދިނުން
    2. ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުން
    3. ގޯތިބިނާ ކުރުމަށް ފައިނޭންސް ކުރާނެ ގޮތް ހަމަޖައްސާދިނުން

    ރައީސް ސާލިހު ހާސިލު ކުރައްވާ މިންވަރު:

    • ދިގު ނުދަންމާ ގޯތި ކަނޑާފާ ދިނުން: މާލޭގެ ރައްޔިތުންނަށް 3000 ގޯތި ދެއްވަން ކަނޑައަޅުއްވާ އެކަމަށް އެދޭ ފަރާތްތައް ހޯއްދަވާ ގޯތި ދޭނެ ބިންތައް ކަނޑައަޅުއްވާ ހައްގުވާ މީހުން ޝޯޓު ލިސްޓްކޮށް 2023ގެ ޖުލައިމަހުގެ ކުރިން ގޯތި ހަވާލު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަވާ ވަނީ ނިމިފައެވެ.
    • ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުން:

    ހ. ފުދުންތެރިކަން ނެތް އާއިލާތަކަށް ބޯހިޔާ ވަހިކަން ފޯރުކޮށް ދިނުމަށްޓަކައި 18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް ހުންނާނެއެވެ.

    ށ. 4000 ފްލެޓް "ގެދޮރުވެރިޔާ" ސްކީމަށް ހާއްސަކޮށްގެން 54 ޓަވަރުގައި ޖުމްލަ 6175 ފްލެޓް އެހެރެދަނީ ނިމެމުންނެވެ. އެތަންތަނަކީ ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން އިމާރާތްކޮށް 2024ގެ މެދުތެރެއަށް ދާންވާއިރު ހުރިހާތަނެއްގައި މީހުނަށް ދިރި އުޅެވޭވަރު ކޮށްދެވޭނެތަންތަނެވެ.

    ނ. އަތޮޅުތަކާއި މާލެނޫން ސިޓީތަކުގައި އެތައް ސަތޭކަ ފްލެޓެއް ދަނީ އިމާރާތްކުރެވި ނިމެމުންނެވެ. ބިން އޮތް ރަށްރަށުން ލޭންޑްޔޫސް ޕްލޭން ކައުންސިލްތަކުން ނިންމަމުން ދާވަރަކަށް ގޯތިދެވެން ހުރިރަށްރަށުން އެގެންދަނީ ގޯތި ދެމުންނެވެ.

    • ގޯތިބިނާ ކުރުމަށް ފައިނޭންސް ކުރާނެ ގޮތް ހަމަޖައްސާދިނުން: އެޗްޑީއެފްސިއާއި އެހެނިހެން މާލީ އިދާރާތައް މެދުވެރިކޮށް އިންޓްރެސްޓް ކުޑަކޮށް ގެދޮރުވެރި ކަމަށް އެތައް ހާސްލޯނެއް ވަނީ ދީފައެވެ. ދަނީ ދެމުންނެވެ. 

    ރައީސް ނަޝީދުވެރި ކަމަށް އެނބުރި ވަޑައިގަތަސް އެކަންމަށް މިހާރު ނުވާ އަވަހެއް ނުވާނެއެވެ. މިހާރު ކަންކަން ކުރިއަށް ގެންދާ އުސޫލުތައް ބަދަލުކޮށް ކަންކަން އިތުރަށް ހަމަޖައްސަން އިތުރު ވަގުތު ނެގުން ނޫންކަމެއް ނުވާނެއެވެ. ވިއްޔާ ވާނީ ލަހެވެ. އޮތްގޮތް ބަދަލުކޮށް ލަސްކޮށް ފަސްކުރުމަށް ބޭނުން ނުވާނަމަ ހިނގަމުންދާ ކަންކަން ރޭވިފައިވާ ތަރުތީބުން ކޮށްނިންމުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް އެމްޑީޕީން ހޯދާ ދިނުމަށްވުރެ އެމްޑީޕީއަށް ވެސް ރައްޔިތުންނަށް ވެސް މޮޅު އެހެން ގޮތެއްނެތެވެ.

    ]]>
    Fri, 27 Jan 2023 12:35:49 +0500 ހީރަސް
    ބަޅުރުއް ޕާޓީގެ ގޮނޑިކޮއްކޮ އަކަށް ނަޝީދު! https://heerasnews.com/960 https://heerasnews.com/960 އަންތަރީސް ވާހާވެއެވެ. މި ހުރިހާ ދުވަހު އުޅުއްވީ ޕީޕީއެމް މީހުންނާ މަސްހުނިވެ ވަޑައިގެންނެވެ. ބޭއްވެވި ހުރިހާ އެއްވުމަކަށް ގިނަ އަދަދެއްގެ ޕިޕީއެމް މީހުން އެއްކުރައްވާ ކޮނޑާ ކޮނޑު ޖައްސަވާ އުޅުއްވީ ކުޑަވެސް ހާސް ކަމެއް ކަންބޮޑުވެ ވަޑައިގަތުމެއް ނެތިއެވެ. 

    ހަމަ ކުއްލިއަކަށް ރަޢީސް ނަޝީދަށް ވެވަޑައި މިގަތީ ކިހިނެއް ހެއްޔެވެ. ރިޔާސީ ޕްރައިމަރީ ކެންޕޭން ނިންމެވުމަށް މާލޭގައި ބޭއްވެވި އެއްވުމަށް މާ ގިނައެއްކޮށް ޕީޕީއެމް މީހުން ގޮސް ތިބެގެން ދެފައިންޕުޅު ތުރުތުރު އަޅުއްވާ ބައްދަލުވުން ދޫކުރައްވާ ވަޑައިގަންނަވައިފިއެވެ. 

    ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް އެ މަނިކުފާނަށް ނެތް ކަމަށް އެމްއެންޑީއެފުން ކަށަވަރު ކޮށްދީދީ އޮއްވާ ބައްދަލުވުން ދޫކުރައްވާ ވަޑައިގެންނެވުމަކީ ކެންޕޭނުގެ ކޮންވައްތަރެއްގެ ސްޓަންޓެއް ހެއްޔެވެ. މިއަދު ހަވީރު އުޅުއްވީ އެއްވުން ކެންސަލް ކުރެއްވި ކަމަށް ބުނާ މެސެޖްތަކެއް އީވާގެ ނަމުގައި މީމީހުނަށް ދިޔަކަމަށް ހައްދަވައިގެންނެވެ. ކުށްވެރި ކުރެއްވީ އުރީދޫއާއި ޓެލްކޮން އޮތޯރިޓީއެވެ. އެފާޑުގެ ނުއުފަންނަ ކަންކަން އުފަން ކުރުވައިގެން ތިޔައުޅުއްވަނީ ކޮންބައެއްގެ ހަމްދަރުދީއެއް ހޯއްދަވަން ހެއްޔެވެ.

    ތިޔަހެން ތިޔަ ކުޅުއްވާ ޗަރުކޭސް ދިވެހިން ނިކަން ރަނގަޅަށް ދަސްކޮށްފިއެވެ. ބޮޑުތަނުން ފޭލިވެ ވަޑައިގަންނަވާނެ ކަން އެނގިވަޑައިގަންނަވާ އިރު ރައީސް ނަޝީދު ތިޔަ ޖައްސަވަނީ ކޮން ސަކަރާތެއް ހެއްޔެވެ. ޕާޓީ މަގުމަތިވެ ޕާޓީއަށް އޮތް ވެރިކަން ގެއްލުމުގެ ކުރިން ހަމަ ބިމަށް ތިރިވެ ވަޑައިގެން ޕާޓީގެ މެޖޯރިޓީ ރޫހަށް ބޯލަންބަވައިގެން ގުޖަޑު ނުހައްދަވާ ހުންނަވަން ވެއްޖެ ނޫންތޯއެވެ. ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރާވާޑައިގެން 2023 އެމްޑީޕީއަށް ކާމިޔާބު ކޮށްދެއްވަން ނިކުނަނަވާން ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ. އެމްޑީޕީ ބައިބައިކުރައްވައިގެން ޔާމީނަށް ވެރިކަން ހޯއްދަވާ ދެއްވައިގެން އަމިއްލަފުޅަށް އަރުވާލެއްވެން ބޭނުންފުޅީތޯއެވެ. މަޖިލިސްގެ ރައީސްކަމާއި ޖޭއެއްސީގައި މިހާރުވެސް ތިޔައިންނެވެނީ އެމްޑީޕީން ބައިންދަވާތީ ނޫންތޯއެވެ. އީވާއާއި ހަސަން ލަތީފާއި ވައްޑެފަދަ ބޭބެފުޅުންގެ އަވާގައި ޖެހިވަޑައިގެން ޕާޓީ ބައިބައި ކުރައްވަން ނޫޅުއްވާން ވެއްޖެ ނޫންތޯއެވެ. 

    އެއްލަކިން އެމްޑީޕީގެ ސިޓިންގ ޕްރެޒިޑެންޓަށް ދެވަނަ ދައުރު ހޯއްދަވާ ދެއްވާން ނިކުންނަވަން ކެރިވަޑައި ނުގަންނަވަހާ އަމިއްލަފުޅު ބޮޑި ބޮޑުކުރައްވަން މިހާރަކު ތިޔަ އުޅުއްވަނީ ކޮންފަދަ ކަމެއް ލައިގަތީތޯއެވެ. ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވަން ރައީސް ސާލިހު އެކުރައްވާ މަސައްކަތްޕުޅަށް އެއްބާރުލުން ނުދެއްވޭހާ މަވެތިވެ ވަޑައިގަތީ ކޮން އިރަކުތޯއެވެ.

    އެމްޑީޕީގެ އަދާވާތްތެރިޔާ ޔާމީނު ދުވަހަކު އެމްޑީޕީއަކަށް ރައީސް ނަޝީދަކަށް ހެވެއް ނޭދޭނެއެވެ. ބަޅުރުއް ޕާޓީގެ ގޮނޑިކޮއްކޮ އަކަށް ވެވަޑައިނުގެން އެމްޑީޕީގެ މެޖޯރިޓީ މެންބަރުންގެ އިހުސާސަށް އިހުތިރާމް ކުރައްވާ ފަހަތަށް ޖެހިވަޑައިގަތުމަށްވުރެ މޮޅުއެއްވެސް ގޮތެއް ނެތެއް ނޫންތޯއެވެ. 

    ]]>
    Thu, 26 Jan 2023 23:57:11 +0500 ހީރަސް
    ޕީޕީއެމް މީހުން ގިނަކަމުން ނަޝީދު ޖަލްސާ ދޫކުރައްވައިފި https://heerasnews.com/959 https://heerasnews.com/959 ކުރިއަށްދާ  އެމްޑީޕީ  ޕްރައިމަރީގައި  އިދިކޮޅު  ޕީޕީއެމް  މީހުން  ގިނަވެ  ރައީސް  ނަޝީދު  ކުއްލި  އަކަށް  ޖަލްސާ  ދޫކުރައްވާ  ވަޑައިގެންފިއެވެ. 

    މިކަމާ  ގުޅިގެން  މައުލޫމާތު  ހޯދުމަށް  ހީރަހުން  ކުރި  މަސައްކަތުން  އެނގުނީ،  ރައީސް  ނަޝީދަށް  ނުރައްކަލެއް  އޮތް  ކަމުގެ  އެއްވެސް  އިންޓެލިޖެންސެއް  އޮތްކަން  ކަމާ  ބެހޭ  ރަސްމީ  އިދާރާތަކަށް  ފާހަގަވެފައި  ނުވާ  ކަމެވެ. 

    އެހެންނަމަވެސް  މިކެމްޕޭން  ފެށުމާ  އެކު  ރައީސް  ނަޝީދުގެ  ބަހުރުވަ  ރައީސް  ޔާމީނާ  ޕީޕީއެމް  އާ  އެއްކޮޅަށް  ދީލާ  ލެއްވިއެވެ.  އެއާ  އެކު  ރައީސް  ނަޝީދުގެ  ކެމްޕޭން  ގައި  ޕީޕީއެމް  އެކްޓިވިސްޓުންނާ  މީޑިއާ  ތަށް  މަސައްކަތް  ކުރަނީ  ރައީސް  ނަޝީދާ  އެއްކޮޅަށެވެ.  

    އަދި  ރައީސް  ނަޝީދުގެ  އެއްވުންތަކާ  ރެލީ  ތަކަށް  ވެސް  ގިނަ  ޢަދަދެއްގެ  ޕީޕީއެމް  މީހުން  ހާޒިރުވެއެވެ. 

    ކެމްޕޭން  ނިންމުމަށް  މާލޭގައި  ރައީސް  ނަޝީދު  ބޭއްވި  ޖަލްސާއިން  ހީނުކުރާ  ވަރުގެ  ގިނަ  ޢަދަދެއްގެ  ޕީޕީއެމް  މީހުން  ތިބިކަން  ފާހަގަވެ    ރައީސް  ނަޝީދު  ކުއްލި  އަކަށް  ޖަލްސާ  ދޫކުރައްވާ  ވަޑައިގަތީއެވެ. 

    ރައީސް  ނަޝީދު  ވަށާ  ގިނަ  ޢަދަދެއްގެ  ޕީޕީއެމް  މީހުން  ތިބުމަކީ  އެމަނިކުފާނަށް  ރައްކާތެރިކަމެއް  ނޫންކަމަށް  ގަބޫލު  ކުރެވެއެވެ.

    ]]>
    Thu, 26 Jan 2023 23:38:07 +0500 ހީރަސް
    ޑިސެމްބަރގެ އާމްދަނީގެ %70 އަކީ ޑޮލަރު https://heerasnews.com/958 https://heerasnews.com/958 މީރާއިން ހާމަކޮށްފައިވާ ކުއާޓަރލީ ރިވިއު ރިޕޯޓް ބުނާ ގޮތުން 2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރާއި އަޅާބަލާއިރު %26 މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރގައި މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ އިތުރެވެ. މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބުނު ޖުމްލަ އާމްދަނީގެ %70 އަކީ ޑޮލަރުން ލިބުނު އާމްދަނީއެވެ.

    2021 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ލިބިފައިވަނީ 195.52 މިލިއަން ޑޮލަރެވެ. ހުސްވި އަހަރުގެ 4 ވަނަ ކުއާޓަރުގައި ޖުމްލަ 246.30 މިލިއަން ޑޮލަރު މީރާއަށް އާމްދަނީ ގޮތުގައި ލިބިފައިވެއެވެ. އެއީ 3.78 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ކުރީ އަހަރަށްވުރެ ހުސްވިއަހަރު މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ %26 އިތުރެވެ. 

    2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި އެންމެ ގިނަ އަދަކަށް ޑޮލަރުން އާމްދަނީ ލިބިފައިވަނީ ޑިސެންބަރު މަހުއެވެ. އެގޮތުން، ޑިސެންބަރު މަހު ޖުމްލަ 135.95 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ދައުލަތަށް ލިބުނު 105.48 މިލިއަން ޑޮލަރާއި އަޅާބަލާއިރު %28.9 އިތުރު އަދަދެކެވެ.

    ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ ޓީ.ޖީ.އެސް.ޓީ ނުވަތަ ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނެގޭ ޓެކްސްގެގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާތީއެވެ. ބިމުކުލީގެ ގޮތުގައި ވެސް ދައުލަތަށް ވަނީ ބޮޑު އަދަދަކުން އާމްދަނީ އިތުރަށް ލިބިފައިއެވެ. ހުސްވި 2022 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ބިމު ކުލީގެ ގޮތުގައި ޖުމްލަ 20.53 މިލިއަން ޑޮލަރު ލިބިފައިވެއެވެ.

    ]]>
    Thu, 26 Jan 2023 17:48:21 +0500 ހީރަސް
    ދީވަލްޕާ ޔާމީނު އަންނި ކޮނޑަށް ސަވާރުވެ ބަނދެލައިފި! https://heerasnews.com/957 https://heerasnews.com/957 އެމްޑީޕީގެ މެންބަރުން ވިސްނާ ހޭއަރާ ރައްކާތެރި ވާށެވެ. ޔާމީނުގެ ނުބައި ނުލަފާ ރޭވުމުގައި ބަދެވި ޕަޓީއަނެއްކާ ވެސް މަގުމަތިކޮށް ނުލާށެވެ. ރައީސް ނަޝީދަށް މާހެވެއް އެދިގެން މިހާރަކު ޕީއެމުން މިއުޅެނީކީ ސަހަލު ކަމެއްގައެއް ނޫނެވެ. ޒަމާންވީ ދެ މިތުރުން ވަކިކޮށް އެމްޑީޕީ ބައިބައިކޮށް ގަޑުބަޑު ކުރުމުގެ ފަހަތުގައި ހުރީ ޔާމިނު ނޫން ދެވަނަ މީހެއް ނޫނެވެ. ކިތަންމެ ރަނގަޅު މީހަކުވެސް އިބިލީހުގެ ވަސްވާހުގައި ޖެހި ހަލާކުވެގެން ހިގައިދާނެއެވެ.

    ރައީސް ނަޝީދަކީ އެމްޑީޕީއަށްޓަކާ ފަހަތަށް ޖެހިވަޑައިގަންނަވަން ޖެހޭ ތަނެއްގައި މީގެކުރިން ފަހަތަށް ޖެހި ވަޑައިގެން ބޭފުޅެކެވެ. ޔާމީނުގެ މަކަރާ ހީލަތުން ދެމި ގުއިރޯނުގައި ޖެހި ވަޑައިގެން ރައީސް ނަޝީދު ވެރިކަން ދޫކޮށްލައްވާ އެ ފަހަރުވެސް މަގުމަތިވެ ވަޑައިގަތީއެވެ. ހަތް އަހަރުވަންދެން އެމްޑީޕީ މަގުމަތިކުރީ ޔާމީނު ދުރާލާ ރާވައިގެންނެވެ.

    އެމްޑީޕީ އިސްވެ އޮވެ އުފެއްދި ސަރުކާރު ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރާތަން ދެކެން ޔާމީނަކަށް ކުޅަދާނައެއް ނުވާނެއެވެ. ދަނޑިވަޅު ބަލާ ޔާމީނު މަސައްކަތް ކުރީ ރައީސް ނަޝީދުގެ ވިސްނުންފުޅު ހަރާބު ކުރުމަށެވެ. ރައީސް ސާލިހާމެދު ރައީސް ނަޝީދުގެ ހިތްޕުޅުގައި ނަފްރަތުގެ އޮއް އިންދާ ބޮޑުކުރީ އެއް ދުވަހަކުން ދެދުވަހަކުން ނޫނެވެ. އެއްބުރުން ޔާމީނު ބަލިކުރައްވާ ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމުން ޔާމީނު ހިތުގައި އުފެދުނު ހަސަދައިގެ އަލިފާނަށް އަޅާން ބޭނުންކުރާ ޕެޓްރޯލަކީ ރައީސް ނަޝީދުކަމަށް ހެދިއެވެ.

    ރައްޔިތުންގެ ވޯޓަކުން ވެރިކަމަށް ދެން ނާދެވޭނެ ކަމަށް ޔާމީނު ގަބޫލުކުރެއެވެ. އެ ވިސްނުން ރައީސް ނަޝީދުގެ ހިތްޕުޅުގައި ޔާމީނު އަށަގެންނެވީ ޔާމީނު އިތުބާރު ކުރާ ރައީސް ނަޝީދުގެ ރަހުމަތްތެރިން މެދުވެރިކޮށެވެ. އެ މީހުން މެދުވެރިކޮށް ރައީސް ނަޝީދަށް ރައީސް ސާލިހު ކުޑައިމީސްކޮށް ކަންކަން ކުރައްވާ ކަމުގެ އިހުސާސް ކުރުވަން ފެށިއެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލާ ރައީސް ނަޝީދަށް ސަރުކާރު ހިންގުމުގެ ބާރުތައް ފޮރޮޅާލުމަށް އެއްބާރުލުން ދިނުމަށް ޔާމީނު މަކަރުވެރި ގޮތެއްގައި އެއްބަސް ވިއެވެ. ޔާމީނުގެ ބޭނުމަކީ އެމްޑީޕީގެ ލީޑަރޝިޕް ބައިބައިކޮށްލާ ވެރިކަން ފިރުކާލުމެވެ. ބަރުލަމާނީ ނިޒާމަކުން ވެރިކަން ހޯދުމެވެ.

    ޔާމީނުގެ މައިގަޑު އަމާޒަކީ އެމްޑީޕީގެ ވެރިކަމެއްގައި އެއްކަމެއް ވެސް ވިޔަނުދިނުމެވެ. ރައީސް ސާލިހަށް ނިކަން ރަނގަޅަށް ޔާމީނު މި ގަންނަގަނޑު ވިސްނިވަޑައިގަންނަވައެވެ. ޔާމީނު ދޮންކޮށްފާ ދޫކޮށްލާ އުންޑަ ރައީސް ސާލިހު ގެންދެވީ ކެތްތެރިކަމާއެކު ފިނިކޮށް މައިތިރި ކުރުވަމުންނެވެ. ރައީސް ނަޝީދާ ޖަދަލު ނުކުރައްވާ ޕާޓީގެ މަސްލަހަތު އިސްކުރައްވައިގެން ކަމެއް ގޯސްވިޔަ ނުދެއްވާ ގެންދެވީ ހިފަހައްޓަވަމުންނެވެ. ޖަދަލުކުރެއްވުމާ ބަދަލު ހިއްޕެވުމުގެ ޒައްރެއްގެ މިންވަރު ވެސް ކުރިއަށް ނުނެރުއްވައެވެ. ބަސްގިނަ ކުރައްވާ އަޑުލާ ނުހައްދަވައެވެ. ސިޔާސީ މަގާމު ތަކުގައިި ތިއްބަވައިގެން ރައީސަށް ފުރައްސާރަކޮށް ފަސްކޮށް ލަސްކުރިޔަސް އެމްޑީޕީ މީހަކަށް ނިކަމެތިވާނެ ގޮތެއް ރައީސް ސާލިހު ނުހައްދަވައެވެ.  މަސައްކަތްޕުޅު ކުރެއްވީ ރައީސް ނަޝީދަށް ކަމޭ ހިއްތަވާ ހައްގު މަގާމު ދެއްވައިގެން ޕާޓީގެ ހައްގުގައި މަސައްކަތް ކުރެއްވުމަށެވެ.

    ރައީސް ސާލިހު ކިތަންމެ ކެތްތެރިކަމާއެކު އެމްޑީޕީ ނަގަހައްޓާ ދަމަހައްޓަވަން މަސައްކަތް ކުރެއްވިޔަސް ރައީސް ނަޝީދު ހުންނެވީ އެމްޑީޕީއަށް ވުރެ އަމިއްލަފުޅު ފިކުރެއް ދިރުވުމަށް ފައިންޕުޅު ވިއްދަވައިގެންނެވެ. ރައީސް ނަޝީދުގެ ކޮނޑުފުޅަށް ޔާމީނު ވަނީ ދީވަލްޕާ އެއްހެން ސަވާރުވެފައެވެ.

    ]]>
    Thu, 26 Jan 2023 12:43:49 +0500 ހީރަސް
    އެމްޕީއެލް މަސައްކަތް ރޯދަމަހު ހަލުވިވާނެ! https://heerasnews.com/956 https://heerasnews.com/956 ކޮންމެ އަހަރެއްގެ ވެސް ރޯދަމަހު ގިނަ އަދަދެއް މުދާ އެތެރެކުރަންޖެހި އެމްޕީއެލްއަށް ބާރުބޮޑުވެއެވެ. އެބުރަ ލުއިކުރުމަށް އެމްޕީއެލްއިން މުޅިން އަލަށް 4 ރީޗް ސްޓެކަރ ގެނެސްފިއެވެ.

    އޮޕަރޭޝަންތައް އަވަސްކުރުމަށްޓަކައި އަލަށް ގެނައި ހަތަރު ރީޗް ސްޓެކަރ ބޭނުން ކުރަން ފެށުމުން  40 ފޫޓުގެ ކޮންޓެއިނަރ ފުލް ލޯޑްގައި ލޭންޑިންގ ކްރާޕްޓްތަކަށް ލޯޑްކޮށްގެން މާލޭގެ ޕޯޓާއި ހަމައަށް ގެނެވޭނެއެވެ.

    އާންމު ގޮތެއްގައި ރާއްޖެ ގެންނަ މުދަލުގެ ބޮޑު ބަޔަކީ ކެއިންބުއިމަށް ބޭނުންކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށް ވާތީ ހެނދުނު 9:00 ފެށިގެން ދަންވަރާ ހަމައަށް ހުއްޓާނުލާ ރޯދަމަހު ވެސް އެމްޕީއެލް ސަރަހައްދުގައި މަސައްކަތް ކުރަންޖެހެވެ.

    އަލަށް ބޭނުންކުރަންފަށާ ހަތަރު ރީޗް ސްޓެކަރ ބޭނުންކުރަން ފެށުމުން އެމްޕީއެލްގެ މަސައްކަތުގެ ހަލުވިކަން އެތައް ތަނަކުން ބޮޑުވެގެން ދާނެއެވެ.

    ]]>
    Thu, 26 Jan 2023 11:13:31 +0500 ހީރަސް
    މީހުންލައްވާ ނަންގުވާ ރިޝްވަތުގެ އެއްބައި ނަޝީދަށް https://heerasnews.com/953 https://heerasnews.com/953 ފާޅުކަން ބޮޑުގޮތެއްގައި ރިޝްވަތު ނެގުމަށް ރައީސް ނަޝީދު ގޮވާލެއްވުމަކީ ބިރުހުރި ކަމެކެވެ. ރިޝްވަތަކީ ރިޒުގުކަމަށް ސިފަކުރައްވާ " ރިޒުގުގައި އަތް އަޅަން" ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވުމަކީ އާދައިގެ ކަމެއް ނޫނެވެ.

    އިސްލާމީ ދައުލަތެއްގެ އެންމެ މަތީވެރިޔާގެ މަގާމު ފުރުއްވާ އެމަގާމަށް އެނބުރި ވަޑައިގަތުމަށް ފައިންޕުޅު ނަންގަވައިގެން ހުންނެވި ބޭފުޅަކު ރިޝްވަތަކީ ރިޒުގުގެ ގޮތުގައި ސިފަކުރެއްވުމަކީ ނުރައްކާތެރި ކަމެކެވެ. އިސްލާމުދީނުގައި ރިޝްވަތުދިނުމާ ހިފުމުގެ ނުބައިކަމަކީ ކޮންމެ މުސްލިމަކަށް އެގޭ ބޮޑުފާފައެކެވެ.

    ރިޝްވަތު ނެގުމަށް އާންމުންނަށް ރައީސް ނަޝިދު އިލްތިމާސް ކުރެއްވުމުން ނަޝީދުގެ ހަސީލަތުގެ ހުރި ނުބައިކަން ހާމަވެގެން ދިޔައެވެ. ވާދަވެރިން ބަލިކުރުމުގެ ކެމްޕޭން ސްޓަންޓެއްގެ ގޮތުގައި ވިދާޅުވިޔަސް އެކަމުން ސާފުވެގެން ދަނީ އެ މަނިކުފާނަކީ ރިޝްވަތު ދިނުމާ ރިޝްވަތު ހޯދުމުގައި ވަރަށް ކުރީގައި ހުންނެވި ބޭފުޅެއްކަމެވެ. ވޯޓުގަތުމަށް ވާދަވެރިން ރިޝްވަތު ދޭނެކަމަށާއި އެރިސްވަތުގައި ހިފާ އެމަނިކުފާނުގެ ކެންޕޭނަށް ހަރަދު ކުރަން އެމަނިކުފާނަށް ދިނުމަށް އާއްމުންގެ ކިބައިން އެދިވަޑައިގަތުމުން ރިޝްވަތަށް ނަޝީދު ބޫތުކައިފާ ހުންނެވި ވަރު ހާމަ ވެގެން ދެއެވެ.

    އެމަނިކުފާނުގެ ވެރިކަމުގައި ޖީއެމްއާރަށް އެއަރޕޯޓު ހިންގަން ހަވާލު ކުރުމުގައި އެމަނިކުފާނު މިލިޔަނުން ރިޝްވަތު ހޯއްދެވި ކަމަށް ކިޔާ އުޅުނެވެ. ރައީސް ނަޝީދުވެރި ކަމުގައި އެއަރމޯލްޑިވްގެ މައްސަލަ ރާއްޖެއަށް ބޮޑުގެއްލުމެއް ވާހެން ކޯޓުން ބޭރުގައި ހަމަޖެއްސީ މެލޭސިޔަން ހެލިކޮޕްޓަރއިން މިލިޔަނުން ޑޮލަރު ނަންގަވައިގެން ކަމަށްވެއެވެ. ދަތުރުފަތުރު ނިޒާމު ތައާރަފްކުރުމުގައި ރައްޓެހިންގެ ކުންފުނިތަކަށް ރަށްތައް ދޫކޮށްގެން އެކުންފުނި ތަކުން އަދިވެސް ރައީސް ނަޝީދަށް ބައިއަޅާކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

    މެޖޯރިޓީ ހިއްސާ ރާއްޖެއަށް ގެއްލޭގޮތަށް ބޭރު ކުންފުންޏަކަށް ދިރާގު ވިއްކާލީ އެތައް މިލިޔަން ޑޮލަރެއްގެ ރިޝްވަތު އަމިއްލަފުޅު ޖީބަށް ލައވާފައިކަން ނޭނގެނީ ކާކަށް ހެއްޔެވެ. އެޕޯލޯއަށް އައިޖީއެމްއެޗް ދޭން އުޅުނު އުޅުމުގައާއި ގިޔާސުއްދީން ސްކޫލު އިންޓަނޭޝަނަލް ކުރުމުގެ ތެރެއިންވެސް ރައީސް ނަޝީދު ރިޝްވަތު ނެންގެވި ކަމަށް ވެއެވެ. ފްލޯޓިންގ ސިޓީ މަޝްރޫއުން ދެ ފަހަރަށް މިލިޔަނުން ޑޮލަރުގެ ރިޝްވަތު ހޯއްދެވި ކަމަށް ވެއެވެ. ބައިނަލްއަގުވާމީ ގޮތުން ލިބޭ ތިމާވެއްޓާއި އިޔާދަކުރަނިވި ހަކަތައިގެ ކޮންމެ މަޝްރޫއަކުން ރައީސް ނަޝީދަށް ރިޝްވަތުގެ ގޮތުގައި އެތައް މިލިޔަން ޑޮލަރު ލިބިލިބި ހުންނަ ކަމަށް ވެސްވެއެވެ.

    ރައީސް ޔާމީނު ވެރިކަމުގައި ގާނޫނުއަސާސީއަށް ބަދަލުގެނެސް އަދީބަށް ނައިބު ރައީސްކަން ދިނުމަށާއި ސްޕްރީމްކޯޓުގެ ބެންޗް ކުޑަކުރުމަށައި ފާފުއަތޮޅު ވިއްކަން ފަސްކުރުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް އެމްއެމްޕީއާރުސީ ހިޔާނާތުން ރިޝްވަތު ހޯދާދެއްވާ މެންބަރުންނަށް ލިބުނު ރިޝްވަތުގެ ދެބައިކުޅަ އެއްބައި ހޯއްދަވައިގެން ޔަމީނު އެދުނުގޮތަށް ކަންކަން ފާސްކޮށް ދެއްވީ ސީދާ އެމްޑީޕީގެ ރައީސް މުހައްނަދު ނަޝީދު ކަމަށް ހެކި ލިބެއެވެ. ކުރެއްދުއަށް ވަޑައިގެން އުއްޗު އަތުން ނެގި ރިޝްވަތުން ނުވެގެން އެންމެ ފަހުން ރައްޔިތުންގެ ނުފޯރުން ތެރިކަމުގެ ފައިދާ ނަންގަވައިގެން އެމީހުން ރިޝްވަތަށް ހުށަހަޅުވާ އެއިގެ ދެބައިކުޅަ އެއްބައިވެސް ހޯއްދަވަން ދިމާކުރެއްވީއެވެ.

    ]]>
    Wed, 25 Jan 2023 14:37:11 +0500 ހީރަސް
    ނަޝީދަށް ވޯޓުގަންނަން މެޑަމް ފާތުން ފައިސާ ބަހަނީ! https://heerasnews.com/949 https://heerasnews.com/949 ކުރާނީ ކީއްހެއްޔެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްލައްވައިފިއެވެ. ޔާމީނުގެ މަސްލަހަތަށްޓަކާ ވެރިކަން ދޫކޮށްލައްވާ އެމްޑީޕީ މަގުމަތި ކުރެއްވި ގޮތަށެވެ. ޔާމިނުގެ އަނިޔާވެރިކަން ނަޝީދު ހަނދުމަފުޅު ނެތިއްޖެއެވެ. https://twitter.com/HKurusee/status ޖަލު ހުކުމުގައި 13 އަހަރަށް އޮންނަވަނިކޮށް މިނިވަން ކޮށްދެއްވި ޒަމާންވީ މިތުރަށްވުރެ ޖަލުގައި އޮންނަވަނިކޮށް ބޭސް ކުރުމުގެ ނަމުގައި ޑީލަކުން ބޭރަށް ފުރުވާލަދިން ދުޝްމަނު މާ ރަނގަޅު ވެއްޖެއެވެ.

    ހިތް ތަކުން ޖާގަ ދީގެން ވީހާލެއްގައި ވެގެން ލޯތްބާއެކު ނިކުމެ ރައީސް ނަޝީދަށްޓަކާ ރެޔާދުވާލު ނުކައި ނުބޮއި އުޅުނު އެމްޑީޕީގެ މެންބަރުންނަށް އަނިޔާވެރިވީ އަދާވަތްތެރި ޔާމިނު މިއަދު ރައީސް ނަޝީދަށް މާ ރަނގަޅު ވެއްޖެއެވެ. އެމްޑީޕީގެ ލޮބުވެތި މެންބަރުންގެ އިހުސާސަށް އިހުތިރާމެއް ނުކުރެއްވިއެވެ. ލޮލުން ބޮލުން އެދިވަޑައިގެން ޔާމީނާ ދެކޮޅަށް ގެނައި އެމްޑީޕީ ވެރިކަން ނިންމާލަން ރައީސް ނަޝިދު ހުންނެވީ ފޫގަޅުއްވައިގެނެވެ.

    އެމްޑީޕީން ވެރިކަން ފިރުކާލާ އެމްޑީޕީ މީހުން މަގުމަތި ކުރަން ޔާމީނު ޖެހިމަޅިން ނުނެއްޓެވި އޭގެ އަސީރަކަށް ރައީސް ނަޝީދު ނިކަން ރަނގަޅަށްވެ ވަޑައިގެންފިއެވެ. ރައީސް ނަޝިދަށް ނެތް ވެރިކަމެއް އެމްޑީޕީގައި އޮތަ ނުދެއްވަން ޕްރައިމަރީ ގަޑުބަޑު ކުރައްވައިގެން ވެރިކަން އެމްޑީޕީއަށް ގެއްލުމުން ޔާމީނުގެ މަގުސަދު ނިކަން ރަނގަޅަށް ހާސިލު ވެގެންދާނެއެވެ.

     

    އިންޑިއާ އައުޓު ނޫން ޔާމީނު ކުރިހާ ކަމަކާއި ކުރާހާ ކަމެއް ރައީސް ނަޝީދަށް ކަމު ހިގައްޖެއެވެ. އެމްޑީޕީ މެންބަރުން ކިތަންމެ ބޭނުން ވިޔަސް ޔާމީނުގެ ހިޔާނާތުގެ މައްސަލަތައް ބެލުމާއި ޔާމީނު ހައްޔަރު ކުރުމަކީ ރައީސް ނަޝީދު ރުހިވަޑައިގަންނަވާ ކަމަކަށް ނުވެއެވެ. އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރު ހިންގުމަށް އެއްބާރުލުން ދެއްވުމުގެ ބަދަލުގައި އިދިކޮޅަށްވުރެ އިދިކޮޅުވެ އުޅުއްވުން ރަނގަޅުފުޅުވެ ފާޅުކަން ބޮޑު ހެކިތައް ހުއްޓާ ދެއަކުރުގެ އޮޅުމެއްގައި ޔާމީނަށް ކުށް ސާބިތު ވިޔަ ނުދެއްވުން ވެެސް ރައީސް ނަޝީދަށް އޯކޭ ވެވަޑައިގެންފިއެވެ.

    އާނއެކެވެ. އެމްޑީޕީގެ ޕްރައިމަރީ ހަރާބު ކުރުމަށް ޕީޕީއެމުން ކުރާ ކޮންމެ ކަމެއް ރައީސް ނަޝީދަށް ކަމުދެއެވެ. ކެންޕޭން ތަކުގައި ރަށްރަށުން މަރުހަބާ ކިޔަންވެސް ރައީސް ނަޝިދަށް ކަމުދަނީ ޕީޕީއެމް މީހުނެވެ. ފުވައްމުލަކުގައި އޮންނަ ފިކުރެއްގެ ދިރުމުގެ ޖަލްސާއަށް ވެސް ޕީޕީއެމުން މީހުން ނިކުތުމަށް ޕީޕީއެމް ލީޑަރޝިޕުން ދަނީ އަންގަމުންނެވެ. ރައީސް ނަޝީދުގެ ޕްރައިމަރީ ކެންޕޭން ނިންމުމަށް މާލޭގައި އޮންނަ ޖަލްސާއަށް ރަށްރަށުން މީހުން ގެނައުމުގެ ކަންކަން ޕީޕީއެމުން ދަނީ ކުރަމުންނެވެ. ފިކުރެއްގެ ދިރުމުގެ ޓީޝާޓްތައް ޕީޕީއެމުން ތައްޔާރުކޮށް ދަނީ ބަހަމުންނެވެ. ރައީސް ނަޝީދަށް ކިޔާ މަރުހަބާގެ ސަފުތައް ދިގުކޮށްލަން ފައްޗަށް އަމުނާލަން ރައީސް ނަޝީދަށް މިހާރު އެންމެ ކަމުދަނީ ވެސް ޕީޕީއެމް މީހުނެވެ. ވަނީ އެހެންތާއެވެ. ނަޝީދަށް މަރުހަބާ ކިޔާށާއި ވޯޓު ގަތުމަށް ފައިސާ ބަހަނީ ޔާމީނުގެ އަންހެނުން ފާތުންއެވެ. ހާމަކަން ބޮޑު ގޮތެއްގައި ނަޝީދު ގޮވާ އެ ލަނީ ފަތުންދޭ ރިސްވަތުގައި ހިފުމަށެވެ. 

    ]]>
    Wed, 25 Jan 2023 01:03:51 +0500 ހީރަސް
    ސަރުކާރުގެ %60 ކޯލިޝަނަށް ދޫކޮށްލީ ނަޝީދު! https://heerasnews.com/948 https://heerasnews.com/948 ސަރުކާރުގެ 60 އިންސައްތަ ކޯލިޝަނަށް ދޫކޮށްލިއްޔާ ދޫކޮށްލެއްވީ ރައީސް ނަޝީދެވެ. އިއްވާފައިވާ 13 އަހަރުގެ ހުކުމުން ސަލާމަތްވެ ވަޑައިގަތުމަށެވެ. އަމިއްލަފުޅަށް ހުރިހާ ގޯހެއް ހައްދަވާފައި ނިކުންނަވާ ސަރުކާރު ބަދުނާމު ކުރައްވަން ރައީސް ނަޝީދު އުޅުއްވިޔަސް ރައްޔިތުން ތިބީ ނިކަން ރަނގަޅަށް ހޭލައެވެ. ފިސާރި މޮޅުތަކެއްވެ ވަޑައިގަންނަވާނެ ކަމަށް ތިޔަ ގިރުއްވާ ރަނބައިން ހަރާބު ވަނީ ރައީސް ނަޝީދުގެ އަމިއްލަފުޅު ހަށިކޮޅެވެ.

    މިއަދަކީ ތިޔަހެން ދައްކަވާހާ ވާހަކަފުޅުތައް އަޅާކިޔާ ބެލެން އޮތް ދުވަހެވެ. ކުރިން ކުރެއްވި ކަންކަމާއި ނުކުރައްވާ ދޫކުރެއްވި ކަންކަން އަމިއްލަ އަތުގައި އޮތް ފޯނުން ވެސް އެންމެނަށް ބަލާލެވޭ ދުވަހެވެ.  

    ރިޔާސީ އިންތިހާބަށް އެމްޑީޕީއިން އެހެން ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ވާހަކަ ދައްކަންވީ ވަގުތު ރައީސް ނަޝީދަކަށް މިހާރަކު އެނގި ވަޑައެއް ނުގަންނަވާނެއެވެ. ގައުމީ މަޖިލީހާއި ޕިޖީ ގްރޫޕާއި ސެކެޓްރިއޭޓާއި އާއްމުން މެންބަރުންގެ މެޖޯރިޓީ މިއަދު ތިބީކީ ރައީސް ނަޝީދު އަޅުއްވާހާ ބަތަކަށް ރިހަވެގެނެއް ނޫނެވެ.

    ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ކެންޑިޑޭޓުން ނެރޭނީތޯ ނުވަތަ ބަޔަކާ ކޯލިޝަން ހަދާނީތޯ ނިންމާނީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ. ރައީސް ނަޝީދެއް ނޫނެވެ. އަމިއްލަފުޅު ޕަޓީއަށް ފުރައްސާރަ ކުރެއްވުމުގައި އިދިކޮޅު ވާދަވެރިންނަށް ވުރެ އަމަލުފުޅު ހުތުރެވެ. ފަސް ޕަސެންޓޭ ވައްކަމޭ ވިދާޅުވެ ރައީސް ނަޝީދު ދޮގު ތުހުމަތުތަކާއި ހުތުރު ހަޖޫ ޖައްސަވާއިރު އެމްޑީޕީގެ މެންބަރުން އެތިބީ އެކަންކަން އޯކޭ ވެގެނެއް ނޫނެވެ. ފަހަކަށް އައިސް ބޭއްވި އެތެރޭގެ އިންތިހާބުތަކުން އެކަން އެއޮތީ ދައްކާފައެވެ.

    ރައީސް ނަޝީދު ޕަޓީގެ ރައީސް ކަމުގައި ހުންނަވާ މުޅި ޕާޓީ އަތްޕުޅުން ގެއްލިވަޑައިގެން މަގުމަތިވެ ވަޑައި ގަންނަވަމުން ދާކަން މި ކަމުގެ ހެއްކަކަށް ފުދެއެވެ. އެކަމަކު ރައީސް ނަޝީދަށް އަދިވެސް އެކަން އިހުސާސެއް ނުކުރެއްވޭ ނޫންތޯއެވެ. ވީހާލެއްގައި ވާން ތިއްބެވި ސިޔާސީ އެކުވެރިން ރައީސް ނަޝީދު ދޫކޮށްލާ ގައުމާ އެމްޑީޕީއަށް ރަގަޅުގޮތް ހިޔާރު ކުރައްވައިފިކަން އެނގިވަޑައި ނުގަންނަވަހާ ބުއްދި ފަސްވެވަޑައިގަތީތީ ދެރަވެއެވެ.

    މިއަދު މިއޮތީ އެމްޑީޕީ ސަރުކާރެއް ނޫނޭ ރައީސް ނަޝީދު އެބަ ވިދާޅުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް އޮތް ސްޕަރމެޖޯރިޓީގެ ތާއީދު އޮތީ ސަރުކާރަށެވެ. އެމްޑީޕީ ތަމްސީލުކުރާ ސިޔަސީ މަގާމުތަކުގައި ތިއްބެވީ ރައީސް ނަޝީދު ހުށަހަޅުއްވާ ރުހުން ދެއްވި ބޭފުޅުންނެވެ. ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ނޫންނަމަ އެ ސަރުކާރަކީ އެމްޑީޕީ ސަރުކާރެއް ނޫންކަމަށް ދެކިވަޑައިގަންނަ ގަތުމަކީ އެމްޑީޕީ މިހާރު ގަބޫލުކުރާ ގޮތެއް ނޫނެވެ. ކޯލިޝަނޭ ވިދާޅުވެ ސަރުކާރަށް ރައީސް ނަޝީދު ފާޑު ވިދާޅުވާއިރު ކޯލިޝަން ސަރުކާރެއްގެ ހުރިހާ ކަމެއް ކުރެއްވީ ރައީސް ނަޝީދު ނޫން ދެވަނަ ބޭފުޅެއް ނޫނެވެ.

    2018 ގައި 40 ޕަސެންޓް އެމްޑީޕީއަށް އޮންނަ ގޮތަށް ކޯލިޝަން ސަރުކާރެއް ހަދަން އެއް ބަސްވި ސޮއިކުރެއްވީ ވެސް ރައީސް ނަޝީދެވެ.

    އުކުޅަހު ބަގާވާތޭ ފަސްޕަސެންޓޭ ވިދާޅުވެ މުޅި އެމްޑީޕީގެ ޑިމޮކްރެޓިކް ނިންމުން ތަކަށް ފުރައްސާރަ ކުރައްވަމުން އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް އަމިއްލަ ފުޅަށް ވެރިކަން ހޯއްދަވަން ތިޔަ ޖައްސަވަނީ މަރުފައްޔެވެ. އެމްޑީޕީގެ ހެޔޮވެރިކަމުގައި ކުރިހާ ކަންކަން ނުކުރާ ކަންކަމަށް ހައްދަވައިގެން އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައިންޕުޅު ތިޔަ ނަންގަވަނީ ނިޒާމާމެދު ފިސާރި މޭނުބައި ކުރައްވާ ހުންނަވާ ނުންތޯއެވެ. ރައީސް ނަޝީދަށް އަނބުރާ ރައީސްކަން ލިބި ވަޑައިގަންނަވަންޏާ ރިޔާސީ ނިޒާމްވެސް އޯކޭ ދެއްތޯއެވެ. ރައީސް ނަޝީދަށް ރިޔަސީ ޓިކެޓް ވެދުމަށް އަރުވާ ރައީސް ސާލިހު ފަހަތަށް ޖެހިވަޑައި ގަންނަވަންޏާ ރައީސް ސާލިހު ވަރެއް ދުނިޔެތާކު ނުހުންނާނެ ދެއްތޯއެވެ. އޭރުން ރައީސް ސާލިހު ކުރައްވަނީ މުޅި ދުނިޔެ ދުށް އެންމެ ހެޔޮ ވެރިކަމަށް ރައީސް ނަޝީދަށް ވެވަޑައި ގަންނަވާނެއެވެ.

    ]]>
    Tue, 24 Jan 2023 19:28:47 +0500 ހީރަސް
    ޑިމޮކްރަސީއަކީ އެހިނދަކަށް ނަޝީދު ގަބޫލުކުރާ ގޮތް! https://heerasnews.com/947 https://heerasnews.com/947 މުގާބޭ ވެރިކަމަށް އައީވެސް ޑިމޮކްރޭޓިކް ލީޑަރެއްގެ ގޮތުގައެވެ. މައުމޫނުގެ ދިމިގްރާތީގައި މުޅި ގައުމަކީ މައުމޫނެވެ. ނަޝީދުގެ ޑިމޮކްރަސީގައި އެމްޑީޕީއަކީ ނަޝީދެވެ. މައުމޫނާއި ނަޝީދުގެ ޑިމޮކްރަސީއަކީ މަވެތިކަމެވެ. އެހެނެއް ކަމަކު ދުނިޔޭގައި ޑިމޮކްރަސީއަކީ ވަކި މީހަކު ބޭނުންހާ ގޮތަކަށް މޮޑޭ ފުއްގަނޑެއް ނޫނެވެ. ވަކި މީހަކަށް ހެޔޮވަރަށް ފަހާ ކޯޓެއް ނޫނެވެ.

    އެމްޑީޕީ ވުޖޫދުވެގެން އައީ ރާއްޖޭން މައުމޫނިޒަމް ފުހެލާ ދުނިޔެ ގަބޫލުކުރާ ފުރިހަމަ ޑިމޮކްރަސީއެއް ގާއިމު ކުރާށެވެ. ރައީސް މައުމޫނު ތިރީސް އަހަރު ވެރިކަން ކުރުމުން  ދުނިޔެ އުމުރަށް އެކަކަށް ވެރިކަން އޮންނަ އޮތުން ބަދަލު ކުރުމަށެވެ. ދެ ދައުރަށް ވުރެ ގިނަ ދުވަހު އެކަކުވެސް ވެރިކަން ނުކުރާނެ ނިޒާމެއް ގާއިމު ކުރާށެވެ. މެޖޯރިޓީއަށް ބޯލަބާ މުޖުތަމައެއް ބިނާ ކުރާށެވެ.

    ވަކި މީހަކީ މުޅި ގައުމު ކަމުގައި އޮތް އޮތުން ބަދަލު ކުރުމަކީ އެމްޑީޕީގެ އަމާޒެވެ. ރައްޔިތުންގެ ގިނަ ބަޔަކު ރުހޭ ގޮތަށް ގިނަ ބަޔަކު ގޮވައިގެން ވެރިކަން ކުރުމަކީ އެމްޑީޕީ ތައާރަފް ކުރި ޑިމޮކްރަސީއެވެ. ވަކި މީހެއްގެ ވަށައިގެން އެނބުރޭ ވަކި މީހަކު ބޭނުންވާހާ ގޮތަކަށް ކަންކަން އެނބުރާ އެނބުރުން ބަދަލު ކުރުމަކީ އެމްޑީޕީ ގަބޫލުކުރާ ޑިމޮކްރަސީއެވެ.

    ރިޔާސީ އިންތިހާބަކުން ފޭލިވުމުން އެމީހަކަށް ތިންވަނަ ފަހަރަށާއި ހަތަރުވަނަ ފަހަރަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖާގަ ނުދިނުމަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއެވެ. ސިޓިންގ ޕްރެސިޑެންޓަށް ދެވަނަ ދައުރަށް ޖާގަ ދިނުމަކީ ދުނިޔޭގައި ގެންގުޅޭ ޑިމޮކްރެޓިކް ރީތި އުސޫލެކެވެ. އެކަމަކު ރައީސް ނަޝީދާ ޖެހުމުން އެމްޑީޕީ ގަބޫލު ކުރި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްގެ ހުރިހާ އުސޫލުތައް އެފުށް މިފުށަށް ޖަހަން ޖެހެއެވެ. ވާދަވެރި އިންތިހާބަކާ ނުލާ ރިޔާސީ ޓިކެޓް ވެސް ރައީސް ނަޝީދަށް ވިއްޔާ ލިބެން ޖެހެއެވެ.

    އަނެއްކޮޅުން ޕާޓީގެ ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓުގެ ފަހަތަށް އަރާ ޕާޓީއަށް އިންތިހާބު ކާމިޔާބު ކޮށްދޭން މަސައްކަތް ކުރުމަކީ ދުނިޔެ ގަބޫލުކުރާ ރީތި ހަމައެވެ. ފެށުނީއްސުރެ ރައީސް ނަޝީދު ވަކާލާތުކޮށް ބާރު އަޅުއްވާ ހެއްދެވީ އެމްޑީޕީގެ ތެރޭގައި އެ ހަމަ ހިފެހެއްޓެވުމަށެވެ.

    ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓް ކާމިޔާބު ކުރާ ކެންޑިޑޭޓަށް ގޮނޑި ކާމިޔާބު ކޮށްދޭން މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެތައް ފަހަރަކު އެތައް ތަނެއްގައި ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވިއެވެ.  ކިތަންމެ ބާރަށް ރައީސް ނަޝީދު އެހެން ވިދާޅުވަމުން ދިޔަޔަސް އެމަނިކުފަނާ ޖެހުމުން އެރީތި ހަމަ އަކީ އެމަނިކުފާނަކަށް ޑިމޮކްރަސީއަކަށް ނުވެއެވެ. އެމަނިކުފަނާ ޖެހުމުން މެންބަރުންނަށް ދައްކަވަނީ އެހެން މިސާލެކެވެ.

    ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއްގައި ގިނަ މީހުންނަށް ފެންނަ ގޮތަކީ ގޮތަކަށް ނުވެއެވެ. މަޖިލީހުގައި ވެސް ޕާޓީ ވިޕްލައިނަށް ތަބާ ވާން ޖެހެނީ ރައީސް ނަޝީދު ނޫން އެހެން މީހުނެވެ. ރައީސް ނަޝީދު އެދިވަޑައި ނުގަންނަވާ ގޮތަކަށް ވިޕްލައިނާ ހިލާފުވުމުން ފިޔަވަޅު އަޅާ ޕާޓީން ވަކިވެސް ކުރެއެވެ. ރީކޯ މޫސައަކީ އޭގެ މިސާލެކެވެ. ރައީސް ނަޝީދު ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމެއްގައި ވިޕްލައިނާ ހިލާފުވާން މެންބަރުންގެ ސޮއި ހޯދާ ވިޕްލައިނާ ހިލާފުވުމަކީ މައްސަލައަކަށް ނުވެއެވެ. ރައީސް ނަޝީދަށް މެޖޯރިޓީއަށް ތަބާވެ ވަޑައިގަތުމަކީ އޮންނަ ކަމެއް ނޫނެވެ.

    ރައީސް ނަޝީދާ ޖެހުމުން ޑިމޮކްރަސީއަކީ އެހިނދަކަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތެވެ. އެމަނިކުފާނު ވިދާޅު ބަސްފުޅެވެ. ދުނިޔޭގެ ބެސްޓްޕްރެކްޓިސްއާއި ޑިމޮކްރަސީ އޮންނަނީ ނަޝީދު ނޫން އެހެން މީހުންނަށެވެ.

    ]]>
    Tue, 24 Jan 2023 17:39:05 +0500 ހީރަސް
    މަދަރުސީވެއްޓަށް އެންމެކުރިއެރުން ލިބުނު ވެރިކަން https://heerasnews.com/946 https://heerasnews.com/946 ރައީސް ސާލިހުގެ ވެރިކަމަކީ ވަކި ދާއިރައެއް އިހުމާލު ކުރުމެއްނެތި ހަމަހަމަ ކަމާއެކު ކުރާ ހެޔޮ ވެރިކަމެކެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ރަށްރަށުގައި ފެނާ ނަރުދަމާ އެކަނި އެޅީއެއް ނޫނެވެ. ބަދަރުހަދާ ރަށްރަށުގެ ގިރުން ހައްލުކުރީ އެކަންޏެއް ނޫނެވެ. ކުޅޭ ބިންތަކާއި މަގު ހެދުން ނޫނަސް ގިނަގުނަ އެތައްކަމެއް ކޮށްފިއެވެ. 

    ތައުލީމީ ދާއިރާއިން އެތައް ހާސް ކުދިންނަށް ހިލޭ ޑީގްރީއަށް ކިޔަވާނެ ފުރުސަތު ދީފައި ފުއްދާލީއެއް ނޫނެވެ. ޒަމާނީ ފެންވަރުގައި އެތައް ތައުލީމީ ބިނާއެއް ބިނާކޮށް ގައުމު ވަނީ އާރާސްތު ކޮށްފައެވެ. އެންމެ ހަތަރު އަހަރުގެ ތެރޭގައެވެ. ވެރިކަމަށް އައިރު ނުނިމި ހުރި ތަންތަން ހެޔޮބަދަލު ތަކާއެކު ނިންމިއެވެ. މުޅިން އަލަށް އެތައް މަޝްރޫއެއް ހިންގާ ނިންމިއެވެ. އެންމެ ޒަމާނީ ފެންވަރުގައެވެ. 

    ތައުލީމީ ދާއިރާގައި ބޮޑެތި 221 މަޝްރޫއު ހަތަރު ތެރޭގައި ހިންގާފައިވެއެވެ. 1578 ކްލާސްރޫމާއި 85 މަލްޓިޕާޕަސް ހޯލު ބިނާ ކޮށްފައި އެވަނީ ހުސްވި ހަތަރު އަހަރު ތެރޭގައި ރައީސް ސާލިހުގެ ހެޔޮވެރިކަމުގައެވެ. ލެބޯޓްރީއާއި ލައިބްރަރީއާއި ސްޓާފް ރޫމާއި އޮފީސް އިމާރާތާއި ވަށާފާރު ފަދަ 509 އެހެނިހެން ޕްރޮޖެކްޓްތައް އެކި ސްކޫލުތަކުގައި ހިންގާ ޒަމާނީ ފެންވަރަށް މަދަރުސީވެށި ވަނީ ބަދަލުކޮށްލާފައެވެ. 

    ބޮޑެތި ވާހަކަ ދައްކާ ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް އޮޅުވާ ނުލެވޭވަރަށް އެހުރީ ކަންކަން ކޮށްފައެވެ. އެތަން ތަނަށް ގޮސް އަމިއްލަ ލޮލުން ދެކި އަތުން ހިފާށެވެ. އަންނަނީ އަންނަނީ އެއް ނޫނެވެ. އެހުރީ އައިސް ނިމިފައެވެ. ކޮށްފައެވެ. ނިންމާފައެވެ. 

    ]]>
    Mon, 23 Jan 2023 15:50:07 +0500 ހީރަސް
    ނަޝިދަށް ހަތުރެއް މިތުރެއް ވަތްކެއް ނުވޭ! https://heerasnews.com/943 https://heerasnews.com/943 ވާދަވެރި އިންތިހާބާއި ތަފާތު ފިކުރު ހަޖަމްކުރުމުގެ ބާރެއް ފިކުރެއްގެ ދިރުމުގައި ނެތެވެ. ހިތު ލޯބި ދީގެން އެމީހަކަށްޓަކާ ރޭނިދި ނުނިދާ އުޅުމުގެ ހަމައަގަކީ ސަޕޯޓަރުން ލައްވާ ހައްޓަށް އަރުވާ ގުއްޓުތަކެވެ. މަވެތި ކަމުގައި ގުރުބާން ކަންބަޅިތަކަކަށް އަބަދަކު އެންމެނަކު ވެގެނެއް ނުތިބޭނެއެވެ. ޑިމޮކްރަސީއަކީ އެކެއްގެ ވަށައިގެން އެނބުރޭ ފިރުއައުނީ ނިޒާމް ނޫން ކަމަށް ވަކާލާތުކޮށް ހިތްތައް ހޯދައިގެން ތާއަބަދަށް އެޅިހާބަތަކަށް އެންމެން ރިހަ ނުވުމުން ސުއްދާނު ނުހިފުމަކީ އެހެން މީހެއްގެ މައްސަލައެއް ނޫނެވެ.

    ބައެއް ފަހަރު ބައެއް މީހުން މޮޔަހެއްދި ދާނެއެވެ. ބައެއް ފަހަރު އެންމެން ވެސް މޮޔަ ހެއްދިދާނެއެވެ. އެކަމަކު އަބަދަކު އެންމެނެއް މޮޔައެއް ނުހެއްދޭނެއެވެ. ކާކަކީ ކާކުކަން އެނގި އޮޅުން ފިލިފިލިހެން އެ މިހަކާ މީހުން ދުރުވެ ގާތް ވާނެއެވެ. ރައީސް ނަޝީދު ވެސް ބޭޒާރުވެ ބަކީ ވަމުން އެ ހުރެދަނީ އެގޮތަށެވެ.

    މަޝްހޫރުކަމާއި މަގުބޫލުކަން ހޯދަން ކުޅުނުހާ ޗަރުކޭހުގައި ތަކްލީފްތައް ލިބުނީ އެމްޑީޕީއަށާއި އެމްޑީޕީގެ ހިތްވަރު ގަދަ މެންބަރުންނަށެވެ. ވެރިކަން ލިބި ފަނޑިޔާރަކު ހައްޔަރުކޮށް އަތަށް ގޮއްވާލުމުން ވެރިކަން ވެއްޓި ހައްޔަރުވުމުން މުޅި އެމްޑީޕީ އޮންނަން ޖެހުނީ ދޫކޮށްލާ ދޫކޮށްލާ ގޮވަން މުޒާހަރާގައި މަގުމަތީގައެވެ. ޔާމީނުގެ އަނިޔާވެރި ވަކިތަކުން އެމްޑީޕީއާއި ރައީސް ނަޝީދު ސަލާމަތް ކުރަން މާބަނޑު ހާލުގައިވެސް އެންމެ ބޮޑު ގުރުބާނީއެއްވީ ފަހުލަވާނަކީ ހިސާން ހުސައިންއެވެ. އެހެނަސް ހަތަރެސްފައި ބަނދެވި އޮތް ޖަލުގެ ކުޑަގޮޅިން ނެރެ މައިބަދަ ބަހާނާގައި ބޭރަށް ފޮނުވާ ދިނުމުގައި ހިސާންވީ ގުރުބާނީ އަގަކީ ސަޕޯޓަރުން ނެރުވައިގެން ފަހާދުއްވުމެވެ. ގަޔަށް އަތްލާ ޖިސްމާނީ އަނިޔާއާއި ނަފްސާނީ އަނިޔާ ކުރިމަތި ކުރުވުމެވެ.

    ފޮޓޯ:ވަން

    ޔާމީނުގެ ގޮށްމުށުން ރާއްޖެ މިންޖުކޮށް އެމްޑީޕީ އިސް ބަސްބުނާ ސަރުކާރެއް ގެނެސް 13 އަހަރުގެ ޖަލު ހުކުމުން މިންޖުކޮށް ދިން ޒަމާންވީ މިތުރު ރައީސް ސާލިހާއި ވީހާލެއްގައިވީ ދިފާއީ ވަކީލު ހިސާން ހުސޭންމެންނަކީ ޖާނީ ދުޝްމަނުން ކަމަށް ރައީސް ނަޝީދަށް ވެއްޖެއެވެ. ނަޝީދުގެ ނަމާއި އަބުރާ ވަސް ފުހެލަން މަސައްކަތްކޮށް އެމްޑީޕީ ވުޖޫދުން ފުހެލުމަށް އެތައް އަނިޔާއާއި ދުއްތުރާ ޖެއްސި ޖައްބާރު ޔާމީނާއި އޭނާގެ ބައިވެރިންނަކީ ރައީސް ނަޝީދުގެ މިތުރުންނަށް ވެއްޖެއެވެ.

    ރައީސް ނަޝިދަށް ހަތުރެއް މިތުރެއް ވަތްކެއް ނުވެއެވެ. ވެރިކަމުގެ ދަހިވެތިކަން ސިނކުޑީގެ މަދުގެ މަދުގައި އަށަގަތުމުން އަނގުރު އަލިފާންވެސް ވަތްކެއް ނުވެއެވެ. އަމިއްލަ އެދުން އިސްކޮށް އަމަލާ ބަސް މަގު ހުރިގޮތުން މީހުންގެ ހިތުލޯބި ކެނޑި ބަކީ ވުމަކީ ތަޅާނެ ކުދިން ހޯދައިގެން ހިޔާލު ތަފާތު މިތުރުން ފުޑާލަން ނިކުންނަން ޖެހޭ ސަބަބެއް ނޫނެވެ. ބޮޑުތަނުން ރައީސް ނަޝީދުގެ މަގުބޫލުކަން އެމްޑީޕީގައި ކެނޑިގެން ދިޔައީ މީހަކު ކުރިކަމަކުން ނޫނެވެ. މަވެތިކަން ބޮޑުވެގެންނެވެ. އަމަލާ ބަސްމަގު ހުންނަ ގޮތުންނެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުރެ ރީތިކޮށް ބާކީވެ ނިމެނީ ހިސާނުގެ ކުށަކުން ނޫނެވެ.

    ހަޖަމްނުވާ ބަޔަކަށް ނުވިޔަސް އެމްޑީޕީ ދަމަހައްޓާ ނަގަހައްޓާ ދިފާއު ކުރަން ހިސާން ކުރާ މަސައްކަތުގައި ދައްކާ ބިރަކަށް ކުރާ ފުރައްސާރަ އަކަށް ނުބަލާނެއެވެ. ހިސާންގެ ހިދުމަތް ކުރަނީ އެމްޑީޕީއަށެވެ. ވަކި މީހަކަށް ނޫނެވެ. މިއަދު އެމްޑީޕީ އޮތީ ރައީސް ސާލިހާއެކު ކުރިއަށް ދިޔުމެވެ. ހިސާން އެހުރީ އެމްޑީޕީއާއެކު ފަހަށް ނުޖެހި ކުރިއަށް ދާށެވެ.

    ]]>
    Mon, 23 Jan 2023 06:15:45 +0500 ހީރަސް
    ޔާމީނަށް ވަފާތެރިވާތީ ބާރަށު ޝުޖާއަށް އަންނިގެ ތަހުނިޔާ https://heerasnews.com/942 https://heerasnews.com/942 ޓްވިޓަރގައި ވަކިވަކި މީހުންގެ އަބުރު ކަތިލާ ކޮށާ ކުދިކޮށް ހެދުމުގައި ދެވަނައެއް ނެތް ހަށިގަޑެއް ލިބިގެން ނުވާ ހަސަން ކުރުސީއަށް ޔާމީނު ވަރެއް މިހާރަކު ނެތެވެ. ހަސަން ކުރުސީގެ ތައުރީފާ ސަނާ ޔާމީނަށް ވަފާތެރި ކޮންމެ މީހަކަށް އޮއްސަމުން އެހެރަ ދަނީ އަމަށަކު ވަރަކަށް ނޫނެވެ.

    ރައީސް ނަޝީދަށް މިހާރަކު ޔާމީނު ވަރެއް ނެތެވެ. ޔާމީނު އެމްޑީޕީ މީހުނަށް ދިން އަނިޔާއެއް ކުރި ވައްކަމެއް ނެތެވެ. މަރުވިއްޔާ ޝަރަފުގައި މަރުވާ ވަރަށް ޔާމީނުގެ މައްޗަށް ރައީސް ނަޝީދުގެ ލޯބި ވަނީ ޖެހިފައެވެ. ޔާމީނަށް ވަފާތެރި ކޮންމެ މީހަކީ ރައީސް ނަޝީދުގެ މިތުރެކެވެ.  

    ޔާމީނަށް ވަފާތެރިކަން ދެއްކުމުގައި ބާރަށު ޝުޖާއު ހުރީ ނިހާޔަތުގައެވެ. ބާރަށު ޝުޖާގެ އުފަން ދުވަހުގެ ތަހުނިޔާ އެންމެ އަސަރުހުރި ގޮތަކަށް ކިޔާ  ފާހަގަ ކުރީ ހަސަން ކުރުސީއެވެ. ޔާމިނަށް ވަފާތެރި ކޮންމެ މީހަކީ ހަސަން ކުރުސީގެ މިތުރެކެވެ.

    ރައީސް ނަޝީދުގެ އެކައުންޓެއް ކަމުގައި އެންމެންހެން ގަބޫލުކުރާ ޓްވިޓަރ އެކައުންޓަކުން ޔާމީނަށް ތައުރީފް ކުރާތަން ފެނި އެމްޑީޕީ މީހުން އަރަނީ އިންތިހާ ދަރަޖައިގެ ރުޅިއެކެވެ. އެ ވަނީ އަމަށަކު ފޫއްސެއް ނޫނެވެ. ވާނީ އެހެންތާއެވެ. 

    މިހާރު ހިނގާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ރައީސް ނަޝީދަށް ކެމްޕޭންކޮށް ދެނީ ޕީޕީއެމް މަތިފަޑިންނެވެ. ޕީޕީއެމަށް ފަހި ނޫސްތަކާއި ޕީޕީއެމްގެ އިސްސަފުގެ ހުރިހާ ގައްދަރުން އެއްވާނަކަށް ކެންޕޭން ކުރަނީ ރައީސް ނަޝީދަށް އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކޮށްދޭށޭވެ. ރަތްލާޖެހި ޕީޕީއެމް މީހުން މިހާރު އެމްޑީޕީ މީހުނަށްވުރެ އެމްޑީޕީއެވެ. 

    އެމްޑީޕީ މީހުނަށް ހަތް އަހަރު ވަންދެން ޔާމީނު ދިން އަނިޔާއާއި ޖެއްސި ހާލު މިއަދަކު ރައީސް ނަޝީދު ހަދާނެއް ނެތެވެ. ތިމާގެ ވެރިކަން ވައްޓާލާ މަގުމަތިކޮށްލުމުން ތިމާއަށްޓަކާ ޖާނުން ގުރުބާންވީ އެމްޑީޕީ ފަހުލަވާނުންގެ މައްޗައް ކުޑަވެސް ލޯތްބެއް ކުލުނެއް ރައީސް ނަޝީދުގެ އޮތްނަމަ އާރާ ބާރުގެ ދަހިވެތި ކަމުގައިވިޔަސް ޔާމީނެއް އޯކޭއެއް ނުވާނެއެވެ. 

    އާނއެކެވެ. އެމްޑީޕީގެ ހަގީގީ ލީޑަރ ރައީސް ސޯލިހު އެ ހުންނެވީ ވެރިކަމަށްޓަކާ އެމްޑީޕީގެ ފަހުލަވާނުން ގުރުބާން ކުރައްވާކަށް ނޫނެވެ. އިބޫ ހުރީ ދުވަހެއްގައި ވެސް އެމްޑީޕީގެ ހީވާގި ވަފާތެރި މެންބަރުނަށް ޔާމީނު ދިން އަނިޔާތަކާއި ޔާމީނާ އޯކޭ ވާގޮތަކަށް ނޫނެވެ. އަންނި ޔާމީނަށް އޯވެ ވިޔަސް އިބޫއަށް ޔާމީނު އޯކޭއެއް ނޫނެވެ.

    ]]>
    Sun, 22 Jan 2023 20:08:50 +0500 ހީރަސް
    އަންނިއަށް ނޭނގޭ ކަމަކީ މެޖޯރިޓީއަށް ތަބާވުން https://heerasnews.com/941 https://heerasnews.com/941 ސަރުކާރު ހިންގުމުގައި ގާނޫނާ ހިލާފު ކަންކަމާ ފަސާދައިގެ ކަންކަން ހިނގާނަމަ ރައީސަށް ދަންނަވައި އެ ކަންކަން އިސްލާހު ކުރަން އުޅުމާ ހެޔޮލަފާ އެރުވުމަކީ ސިޔީސީ މަގާމު ތަކުގައި ތިބޭ މީހުން ކުރަން ޖެހޭ ކަމެކެވެ. ވަޒީފާގެ ބިރު އޮތް ނަމަ ފަސާދައިގެ ކަންކަމާ ގުޅިގެން ވިސްލްބްލޯގެ ކަންކަން ގާނޫނީ ހަމައިގެ ތެރެއިން ކުރުމަކަށް އެކަކަށްވެސް ހުރަހެއް ނެތެވެ. އެހެނަސް ސިޔާސީ މަގާމުތަކަށް ރައީސް އައްޔަނުކޮށްފައި ތިބޭ މީހުން އުޅެން ޖެހޭނީ ވަކި ފާޑަކަށެވެ. 

    ސިޔަސީ މަގަމުތަކުގައި ތިބެ ރައީސްގެ ސިޔާސަތު ކަމުނުގޮސްގެން އިދިކޮޅަށް ނިކުމެ އާއްމު ތަންތަނާއި ހައްލެއް ހޯދާދެވޭނެ ހައިސިއްޔަތެއް ނެތް ތަންތާ ދަތްދިލުވާ އަނގަ ދިޔާކުރަން ޖެހޭނީ އިސްތިއުފާ ދީފާ ނިކުމެތިބެއެވެ. ޑިމޮކްރަސީއަކީ އަމިއްލަ އަމިއްލަ ނަފްސަށް ހިޔާނާތްތެރިވެ ވަކި މީހެއްގެ މަސްލަހަތުގައި އަމިއްލަ ދުފާތައްްޓަށް ފައިން އެރުމެއް ނޫނެވެ. 

    ސިޔާސަތު ތަންފީޒު ކުރާ މަގާމު ތަކުގައި ތިބެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ދައުލަތާއި އިދިކޮޅު ހަރަކާތާ ފިތުނަ ހިންގުމެވެ. ބަންޑާރަނައިބާއި ޕްރޮސިކިއުޓަރ ޖެނެރަލް އެކަމާ އަޅާނުލާ ދޫކޮށްލައިގެން ތިބެން ހެޔޮނުވާނެއެވެ.

    ރައީސް ސާލިހުގެ ރައްދު ދެއްވުމާ ބަދަލުހިއްޕެވުމާ ފިއްތާލެއްވުމުގެ ވިސްނުންފުޅު ނެތުމަކީ ހަރާންކޯރު ވުމަށް އޮތް ހުއްޖަތެއް ނޫނެވެ. ސިޔާސީ މަގާމުގައި ތިބެ ރައީސާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރުމަކީ މާގަދަކަމެއް ނޫނެވެ. ވަކި މީހަކަށް ވެރިކަން ހޯދާދޭން ޑިމޮކްރަސީގެ ނަމުގައި މަދު ބަޔަކު ދައުލަތް ވީދާ ކުދިކޮށް މުއައްސަސާތަކާއި ވެރިންގެ އިތުބާރު ކަނޑުވާލައިގެން ކުރިންޖެހުނު ދަތުރަށް ވުރެ ދެރަވަރު ވެދާނެކަން ހިތައްވެސް ނާރާ ކަހަލައެވެ.

    ރައީސް ސާލިހު ރައީސް ކަމަށް ހޮވިވަޑައިގަތީ ގުޅިފައިވާ ކޯލިޝަންގެ ތާއީދާ އެކުގައެވެ. ކޯލިޝަންގެ އެންމެ ބޮޑު ހިއްސާދަރަކީ އެމްޑީޕީއެވެ. ސަރުކާރުގެ މައިގަޑު ސިޔާސަތުތައް އޮތީ އެމްޑީޕީގެ ވިސްނުމާއެއް ގޮތަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއި ޕީޖީގްރޫޕްގެ ސްޕަރމެޖޯރިޓީއާއި ކޮންގްރަސްގެ ފުރިހަމަ ތާއީދު އޮތީ ރައީސް ސާލިހާއެކުގައެވެ. އެމްޑީޕީގައި އުޅޭ ވަކި މީހަކު ބޭނުންހާ ގޮތެއް ނުވުމަކީ އެމްޑީޕީގެ ވެރިކަމެއް ރާއްޖޭގައި ނެތްކަމަށް ވާނެ ކަމެއް ނޫނެވެ. ރައީސް ނަޝީދު މެޖޯރިޓީއަށް ތަބާނުވެ އަޑުގަދަމީހާ ރުއްގިނަވާނެ ކަމަށް ފުމުނަކަސް އަދި ކަމަކު ނުދާނެއެވެ.

    ]]>
    Sun, 22 Jan 2023 15:40:33 +0500 ހީރަސް
    ވައްޑެއަށް: ތެޅުނު ވަރަކަށް ހުޅުބުގޮސް ފާޅުވާނީ އަސްލު ސޫރަ! https://heerasnews.com/940 https://heerasnews.com/940 ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ލިބުމަކީ ރައީސުލްޖުމްހޫރިއްޔާ ކަންލިބުން ކަމަށް އުނގޫފާރު ދައިރާގެ މެންބަރަށް ހީވީ ހެއްޔެވެ. ގާނޫނު އަސާސީގެ 115 މާއްދާއަކީ ވައްޑެ ބޭނުންވާ ގޮތަކަށް މާނަކޮށް ބޭނުންވާ ގޮތަކަށް ކަންކަން ކުރަން އޮތް މާއްދާ އެއް ނޫނެވެ. އެ މައްދާގައި ބުނާ އެއްޗެއް ވައްޑެއަށް ނޭނގުމަކީ ނުވަތަ އެނގިހުރެ ގަސްދުގައި އޮޅުވާލުމަކީ ވައްޑެގެ ދެއުޅިއެއް ނުވާކަމެވެ. ނުވަތަ ނުބައި ނުލަފާ ކަމެވެ.

    ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ވަޒީރުންގެ މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް މީހުން އައްޔަނުކޮށް ވަކިކުރަން ބާރު ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވައްޑެއަކަށް ސަހިންދާއަކަށް އަންނިއަކަށް ނޫނެވެ. ދައުލަތުގެ ސިޔާސަތު ކަނޑައަޅާ އެ ސިޔާސަތު ތަންފީޒް ކުރަން މީހުން އައްޔަނުކޮށް ވަކިކުރަން ގާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ބާރު ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ވައްޑެއަކަށް ސަހިންދާއަކަށް އައްނިއަކަށް ނޫނެވެ.

    ރައީސުލްޖުމްހޫރިއްޔައަކީ ދިވެހިރައްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ވަކިބައެއްގެ ރައީސެއް ނޫނެވެ. ވަކި މީހަކު ބުނާ ގޮތެއް ހަދައިގެން އުޅެންޖެހޭ ގޮނޑިކޮއްކޮއެއް ވެސް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީ ލިބިދީފައި އޮތް ހައްގެއް އިލެކްޝަން ކަމިޝަނާއި ހިއުމަންރައިޓްސް ކަމިޝަނަށް ލިބިގެން ނުވާކަން ޝަހިންދާއަށް ނޭގުމަކީ ހުރި ގަމާރުކަމެވެ. 

    ރައީސުލްޖުމްހޫރިއޔާގެ ވާޖިބުއަދާ ކުރަން އިސްކޮށްފައި ތިބޭ މީހުން ރައީސްގެ ސިޔާސަތުތައް ހިންގިޔަނުދީ ފުރައްސާރަކޮށް ޖެއްސުންކޮށް ސަރުކާރު ބަދުނާމު ކުރުމަކީ ބޮޑު ކުށެކެވެ. ހަރާން ކޯރުވުމެވެ. ސިޔާސީ މަގާމް ތަކުގައި ތިބޭ މީހުން އާއްމު ތަންތާ ސަރުކާރު ބަދުނާމު ކުރުމެކޭ ފިރިއަކު އަނބިމިހާ ބަރަހަނާކޮށް މަގަށް ނެރުމެކޭ ތަފާތެއް ނެތެވެ. ސިއްޕެއެއް އަމްރެއް ލޫކަހެއް ކިޔާނެ ކަމެއް ނެތެވެ.

    ހަމަތެކެވެ. ކޮއިމަލާއިން ހަމަރޯޅިން އެމްޑީޕީއަށް ފުންމާލައިގެން އުޅޭ ވައްޑެ ކަހަލަ މީހުން ތެޅުނު ވަރަކަށް ހުޅުބުގޮސް ފާޅުވާނީ އަސްލު ސޫރައެވެ. އަމިއްލަ ނަފްސް އަމިއްލައަށް އޮޅި މީހެއްގެ ތެތްފޭލި އުފުލަން އުޅޭ މީހަކަށް އެންމެ ގިނައިން ފެންނާނީ ފޭލިދޮންނި ދާފެންގަނޑެވެ. 

    ]]>
    Sun, 22 Jan 2023 15:05:25 +0500 ހީރަސް
    އިބޫ މުޅި ރާއްޖެއަށް ކަރަންޓް ޔަގީންކޮށް ދެއްވި https://heerasnews.com/939 https://heerasnews.com/939

    ސުދާނާއި އިތޯޕިޔާ ފަދަ ގައުމުތަކުގައި ވެސް ގިނަ ރައްޔިތުން ތިބެނީ ނުކައެއް ނޫނެވެ. ދުވާލު ހަތަރުދަމުން އެއްފަހަރު ނަމަވެސް ކޮންމެސް އެއްޗެއް ކައިގެނެވެ. ޑަސްބިން ހާވައިގެން ކެޔަސްވާނީ ކައިގެން ތިބޭ ކަމަށްތާއެވެ. އެ ގޮތަށް ރާއްޖޭގެ ވެރިކަމަށް ރައީސް ސާލިހު ވަޑައިގެން އިރުވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ވެސް ލިބއެވެ. އެ އުސޫލުން ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓް ނުލިބޭ ކަމަކަށް އެއް އިރަކުވެސް ރައީސް ވިދާޅެއް ނުވެއެވެ.

    ހދ. ކުމުންދޫގައި ރައީސް ސާލިހު ވިދާޅުވީ ކީކޭކަން ޔާމީނުގެ މައުތުޕީހުން އޮޅުވާލުމަކީ އަޖައިބެއް ނޫނެވެ. ވާހަކަ އޮޅުވާލާ ފިތުނަވެރި ގޮތް ގޮތަށް ވާހަކަ ބަދަލު ކުރުމުގައި އެ ބައިގަޑު ތިބީ ކައްޒާބަށް ވުރެ ކުރީގައިކަން ނޭގޭ މީހަކު ނެތެވެ. އެކަމަކު ބުނަން ހެއްޔެވެ. ހަމަ ހަގީގަތުގައި ވެސް ރާއްޖޭގެ ހުރިހާ ރަށަކަށް 24 ގަޑިއިރު ކަރަންޓު ޔަގީންކޮށް ދެއްވީ ރައީސް ސާލިހު ސަރުކާރުންނެވެ.

    ބުނަން ހެއްޔެވެ. ކަރަންޓް ދިނުމާ ކަރަންޓް ޔަގީންކޮށް ދިނުމަކީ ދެކަމެކެވެ. ތެދެކެވެ. ރައީސް ސާލިހު ވެރިކަމަށް ވަޑައިގެން އިރު ހުރިހާ ރަށެއްގައި ވެސް ކަރަންޓް ލިބެއެވެ. ގިނަ ރަށްރަށުގައި ނޯންނަނީ ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ނުދާނެ ކަމުގެ ޔަގީންކަމެވެ. ކަރަންޓް ނުކެނޑުނަސް ރައްޔިތުންނަށް ނެތީ ލިބޭ ކަރަންޓް ބަލި މީހަކަށް އައިވީ ދޭހެން ނޫން ގޮތަކަށް ލިބޭނެ ކަމުގެ ޔަގީންކަމެވެ.

    ގިނަ ރަށްރަށުގެ ރައްޔިތުން އަމިއްލައަށް ގައިވީދައިގެން ވިހި ތިރީސް އަހަރު ވަންދެން އެގޮތް މިގޮތުން ހިންގި ގެނދަބުޅިން ބަރާވެ ބާވެ ހަސްނެތިފައި ހުރި އިންޖީނުގެތައް ތަޅުލާ ޒަމާނީ ފެންވަރުގައި ކަރަންޓް ހިދުމަތް ގިނަ ރަށް ރަށުގައި ގާއިމު ކުރީ މި ސަރުކާރުން ނޫން ކަމަކަށް ނުހެދޭނެއެވެ. އިންޖީނުގެއިން އިވޭ ގަދަ އަޑުފައްގަޑުން ކަންފަތްތައް ބީރުވަމުން އައި ރައްޔިތުން ސަލާމަތްކުރީ މި ސަރުކާރުންނެވެ. ރަށުގެ ފެނާއި ވައި އިންޖީނުގެ ތަކުގެ ސަބަބުން ތަގައްޔަރު ވީވުން ނިމުމަކަށް ގެނައީ މި ސަރުކާރުންނެވެ.

    ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް އައިސްގޮސް ވުމުގެ ސަބަބުން ގެދޮރުގައި ބޭނުން ކުރާ ކަރަންޓްގެ އާލާތްތައް ހަލާކުވެ އެ ތަކެތި ހޯދުމަށާއި މަރާމާތަށް ރައްޔިތުން އިރުއިރުކޮޅުން ކުރަން ޖެހުނު ހޭދަ ނިމުމަކަށް ގެނައީ މި ސަރުކާރުންނެވެ. ވައިނުޖެހޭ ދުވަހެއްގައި ބުރަފައްޗެއް އަނބުރަން އުޅޭހެން ގޭގައި އެނބުރުނު ފަންކާތައް ހަމަޔަށް އަނބުރާލަދިނީ މި ސަރުކާރުންނެވެ. ފެނަކައާއި ސްޓެލްކޯ ދިވެރާއްޖެއަށް ކަރަންޓް ޔަގީން ކޮށްދީ އެދިން ޔަގީންކަން އެދަނީ ދަމަހައްޓަމުންނެވެ. ރާއްޖޭގެ ކޮންމެ ދިމާލަކުންވެސް އެ ހަގީގަތް އެ އޮތީ ދިމާލަށް ފެންނާށެވެ. ކުރީގެ ސަރުކާރު ތަކާއި ޔާމީނަކަށް އެކަމެއް ނުވިއެވެ.

    އެތައް ޒަމާނެއް ވަންދެން ސަރުކާރާ ހަވާލުނުކޮށް ރައްޔިތުން އަމިއްލައަށް ހިންގަމުން ދިޔަ އެތައް އިންޖީނުގެއެއް ރަށްރަށުގެ ރައްޔިތުން ލޮލުން ބޮލުން އެދިގެން މި ސަރުކަރާ ހަވާލުކުރީ ސަރުކާރުން ކަރަންޓް ޔަގީންކޮށް ދޭކަން ކަށަވަރު ވެގެންނެވެ. ތިރީހަކަށް އަހަރު ރަށު ރައްޔިތުން އަމިއްލައަށް ހިންގަމުންއައި ރ. އުގޫފާރުގެ އިންޖީނުގެ އެ ރައްޔިތުން ލޮލުން ބޮލުން އެދިގެން ހުސްވި އަހަރު ފެނަކައާއި ވަނީ ހަވާލުކޮށްފައެވެ. ޕީޕީއެމް މެޖޯރިޓީ ކައުންސިލެއް އޮންނަ އުގޫފާރު ކަހަލަ ރަށެއްގެ ރައްޔިތުންގެ އިންޖީނުގެ ފަދަ އިންޖީނުގެތައް އެ މީހުން ހިތުލޯބިން މި ސަރުކާރާ ހަވާލު ކުރުމުން ދައްކާދެނީ ހުރިހާ ރަށަކަށް މި ސަރުކާރުން ކަރަންޓް ޔަގީންކޮށްދީފައި ވާކަމެވެ.

    ]]>
    Sun, 22 Jan 2023 08:32:56 +0500 ހީރަސް
    އަންނިއަށް: މައިންމަގަށް ލައްގަޅޭ! https://heerasnews.com/936 https://heerasnews.com/936 އާއެކެވެ. ހަމަ ނިމިއްޖެއެވެ!

    ކުރީން ފެނުނީ ޔާމީނު ޕޯޑިއަމް އަކަށް އަރާ ހުރެގެން ކަރުތެރޭން ފާޑެއްގެ އަޑެއް ނެރެގެން އަންނިޔަށް މަލާމާތް ކުރާ ތަނެވެ. މިކަމުގެ ސަބަބުން ވަރަށްގިނަ ބައެއްގެ ނުރުހުން އެއިރު ޔާމީނަށް ކުރިމަތިވިއެވެ. އެމްޑީޕީގެ އެތެރެއާއި ބޭރުންވެސް އެކަމާ ރުޅިގަދަވެ ރުޅިވެރި ބަސްތައް ޔާމީނަށް ރައްދުކުރިއެވެ. އެ ދުވަސް ހިނގައްޖެއެވެ. ކުއްލިޔަކަށް މިއަދު މި ފެންނަން ފެށީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނުކުމެ އެމްޑީޕީގެ އެންމެ އިސްލީޑަރ އިބޫސޯލިހަށް ފުރައްސާރަކުރާން ފެށިތަނެވެ. މިއަދު މީހުންނަށް އެކަން މާހުތުރު ވެގެން މިއުޅެނީ އެހެންވެގެންނެވެ. ޕާޓީގެ މުގުރުން ޕާޓީގައި ތަޅާތީއެވެ.

    ބައެއް މީހުން ދެކޭ ގޮތުގައި މިއަދު އަންނި އެހެރީ ހަމަ ވެރިކަމަށް މުޅީން އެނދަ ކެނޑި މޮޔަވެފައެވެ. ވެރިކަން ލިބޭތޯ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެއޭ ބުނާ މީހުން ގިނައެވެ. ވެރިކަމުގައި ހުރިއިރު ހުރީ އެންމެހާ ރައްޔިތުންނަށް ހަމަހަމަވެ އިހުލާސްތެރިވެ ބޮޑު ހުވައެއްގެ މަތީގައެވެ. " ނުލަފާކަން ދަށްކާލާނަމޭ، ތިމަންނާ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެއޭ " ފަދަ ކިބުރުވެރި ބަސްތައް ވެރިކަމުގެ ހުވާމަތީގައި ހުރެވެސް ގޮވާނެގި އަޑަކީ އެންމެނަށް އިވުނު އަޑެކެވެ. އެކަންކަމާ އެއިރު އެމްޑީޕީގެ ތެރެއިންވެސް ގިނަ ބަޔަކު ނުރުހުންވެ ބަސް ބުންޏެވެ. އަންނިގެ ވެރިކަން ވެއްޓި ދިޔައީ މިފަދަ ކިބުރުވެރި ކަމާ ނުލަފާކަން އިސްކުރުމުގެ ސަބަބުންނެވެ. 

    މިއަދު ރައީސް ސޯލިހު އެ ކުރައްވާ ކޮންމެ ކަމެއް އެއީ ނުވާކަމަކަށް ހަދައިގެން  " އަންނަނީ އަންނަނީ " އޭ ގޮވަމުން އަންނި އަރާހުރެ ހަޅޭއްލަވާއިރު ތިމާގެ ހާލަތަކަށް ނުވިސްނާ ކަމަށް ގިނަ މެންބަރުން ދެކެއެވެ. ޖަލުން ސަލާމަތްވީ ކޮންބައެއް އަދި ކާކުގެ ސަބަބުންކަމެއް ވިސްނައެއް ނުލައެވެ. ތިމާ ދުނިޔޭގެ ތަންތާ އަޗާކަނޑަން އޭރު އުޅުނުއިރު ދިވެހި ރައްޔިތުން ތިމާގެ ހައްގުގައި ތެޅުނު ގަނަޔާމެދު ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ. އޭގެ ނަތީޖާ އަންނިއަށް މި އަންނަނީ ފެންނަމުންނެވެ.                 

    އެމްޑީޕީގެ އެއްވެސް މެމްބަރެއްގެ ދުލުން މީގެކުރީން އަންނިޔާ ދިމާލަށް ބަހެއް ބުނެނުލާ ތިބީކީ އަޅުދާސް ވެގެންނެއް ނޫނެވެ. ޕާޓީގެ މަސްލަހަތުގައެވެ. އެކަމަކު މިއަދު އީވާއަކާ ވައްޑޭ އަކާ ގޮވައިގެން ނުކުމެ ނަރުނެއް ގިޓައެއްގައި ކޮށްޓާފައި އެމްޑީޕީގެ މެމްބަރުންނަށް މަލާމާތްކޮށް ދުވާއިރު އަންނިގެ ހަމަ ލަދުހަޔާތް ނެތީއޭ މީހުން ނުބުނާނެ ހެއްޔެވެ؟ ނޫނެކެވެ. މިއަދު އެމްޑީޕީގެ އެތައް ހާސް މެމްބަރުންނެއް އެ ދަނީ އަންނިޔާ ދިމާލަށް ހަމަގޮވާނެ އެއްޗެއް ގޮވަމުންނެވެ. ދާދިފަހުން އޭނާގެ އެންމެ އަރިސް އަދި އާއިލާގެ ގާތް މެމްބަރު އީވާ ރަށަކަށް އަރައި އަންހެން ކަނބަލުން ތަކެއްގެ ފަހަތުން އެ މީހުންގެ ސަމާލުކަން ލިބޭތޯ ދިޔުމުން ވެސް އެއިން ކަނބަލަކު އަޅާވެސް ނުލައި ބަލާވެސް ނުލައި ދިޔަ މަންޒަރަކީ ވެސް އަންނި ސައިޒު ވެއްޖެކަން އަންގާދޭ ހެއްކެކެވެ. އެކަމަކު އަދިވެސް ކޮންމެ ވެސް ތާކުން ފައިސާގަނޑެއް ހޯދައިގެން ހަމަ މަތިހަށި ނަގާފައި އެހެރަގެން އުޚޭގޮތް ދެކިބަލާށެވެ.

    މިއަދު ރާއްޖޭގެ ހަމަ ހުރިހައި ރަށަކުންހެން އެދަނީ އަންނިއަށް ނޫނެކޭ ބުނެ އެ މަންޒަރު ސާފުކޮށް ދަށްކަމުންނެވެ. ބޮޑުތަނުން ތާއީދު ވަނީ ގެއްލިފައެވެ. އެމްޑީޕީގެ މެމްބަރުން އެންމެ ރުޅި އަންނަނީ މިހާރު ދެން ޔާމީނާއި ގުޅޭނެ ކަމަށް ފާޅުގައި ބުނެ އެ އިއްވާ ބަސްތަކުންނެވެ. ކިތަންމެ ނުލަފާ ކަމެއް ދަށްކާލާނަމޭ ހީކޮށް ނުކުމެ ޔާމީނާ ގުޅުނަކަސް އެމްޑީޕީ ގިނަ މީހުންގެ ހިތަށް މިއަދަކު ހަމަ އިސްތަށްޓެކޭ ވެސް ނާރާނެއެވެ. އެ މީހުންގެ ހިތްތަކުން ދިން ލޯތްބާއި ކުރި އިހުތިރާމުގައި އަންނި ޖެހީ ކޮޅުފައިންނެވެ. އެމްޑީޕީގެ ވެރިކަން ވަށްޓާލަން ގޮވައިފިއެވެ. ގާތުގައި ތިބި މީހުން ލައްވައި އެމްޑީޕީ މެމްބަރުންނަށް ނުގޮވާކަށް އެއްޗެސް ނެތެވެ. އޭގެ ސަބަބުން އެމްޑީޕީގެ ތެރޭގައި މިހާރު އަންނިގެ އަގުވެއްޓި ނިމިއްޖެއެވެ. ދެން ދުވަހަކުވެސް އަނބުރާ އިއާދަ ނުކުރެވޭ މިންވަރަށް އަންނިއާ އޮތް ގުޅުން ކެނޑިއްޖެއެވެ. ހަމަ އަންނިގެ ސަބަބުންނެވެ. އޭނާގެ ގާތުގައި އެތިބަ ގޮތްކުޑަ ބައެއްގެ ސަބަބުންނެވެ. އަމިއްލަޔަށް ހަދައިގެން އެއުޅޭ ހަސަންކުރުސީ އެކައުންޓުގެ ސަބަބުން ވެސް މެއެވެ.

    މިއަދު އަންނިއަކަށް އެމްޑީޕީއެއް މުހިންމެއް ނުވިއެވެ. އޭނާގެ ހައްގުގައި ތެޅިމަރުވި މީހުންގެ މަތީން ހަނދާން ވެސް ނެތެވެ.  އަމިއްލަ އަތުން ބުދު ހަދައިގެން އަޅުކަން ކޮށް ދުއާކޮށް އެއިން ރަހުމަތައް އެދޭ ބީދައިން މިއަދު އަންނި އެ އުޅެނީ އަމިއްލަޔަށް ހަސަން ކުރުސީއެއް ހަދައިގެން އެޔަށް އަޅުކަން ކުރާށެވެ. ނަތީޖާ ވަރަށް ސާފެވެ. ހަމަ ފުލުފުލުން ބޭޒާރުވެ އިތުބާރު ގެއްލިއްޖެއެވެ. އަންނިއަކަށް އޭނާގެ ކައިރީގައި މިއަދު އެތިބަ ރަގާލި ފައްޗަކަށް ދެން ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަމަ އެއްވެސް ފުރުސަތެއް ނޯންނަ މިންވަރަށް އަގުވެއްޓި ނިމިއްޖެއެވެ. އުޅެވުނު ގޮތަކުން މިއަދު ތިޔަ ޖެހެނީ އަމިއްލަ ޕާޓީގެ ތެރޭގައި ތިމާގެ ބާރުކެނޑި މައިން މަގަށް ލައްގަޅޭ ކިޔާކިޔާލަ ކިޔާލާ ހުންނާށެވެ. 

    ]]>
    Sat, 21 Jan 2023 11:56:42 +0500 ހީރަސް
    އިބޫ2023: މާލެ ޖަލްސާ https://heerasnews.com/932 https://heerasnews.com/932 ރައީސް ސާލިހު ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗްގައި އޮންނާނެއެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް ބެލޭވޭ މިރޭގެ ޖަލްސާ އޮންނާނީ މިރޭގެ 8.30 ގައެވެ.

    ރައީސް ސާލިހުގެ ޕްރައިމަރީ ކެންޕޭން ރާއްޖޭގެ ކަންކޮޅުތަކުގައި ފޯރިއާއެކު ހިނގަމުން އެބަދެއެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަން އިތުރު ދައުރަކަށް ގެންދަން ރާއްޖޭގެ ގިނަ ބަޔަކު ތާއީދު ކުރެއެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރަކީ ކޮވިޑް19ގެ ވަބާގައި މުޅި ދުނިޔެ ޖެހި ދުނިޔެ ހުއްޓި ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް އުޅެން ޖެހުނު ދެ އަހަރެވެ. ކޮވިޑްގެ ބިރުވެރިކަން ކުޑަކޮށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވި ރައީސަށް އިތުރު ދައުރެއް ދިނުމަކީ ގިނަ ރައްޔިތުން ލޮލުން ބޮލުން އެދޭ ކަމެކެވެ.

    ތަފާތު ކުރުމެއް ނެތި އެންމެންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ނިޒާމު ކަށަވަރުކޮށް ނިންމުމަށް ފައްޓަވާފައިވާ މަސައްކަތްޕުޅުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމަށް ގިނަ ރައްޔިތުން އެދެއެވެ. ދަތުރު ފަތުރުން މުޅި ރާއްޖެ ގުޅުވާލާ ހިލޭޑިގްރީއަށް ކިޔަވާ ދެއްވައި ގޮނޑުތައް ހިމާޔަތްކޮށް ދެއްވައި ހުރިހާރަށެއްގެ ލަފާފުރުން ފަސޭހަކޮށްދެއްވައި ތައުލީމާއި ސިއްހަތާއި އަމާން ވެއްޓެއް ގާއިމުކުރުމަށް ރައީސް ކުރައްވަން ފައްޓަވާފައިވާ މަސައްކަތްޕުޅުތައް ފުރިހަމަކޮށް ނިންމުމަށް ރައީސް ސާލިހަށް ފުރުސަތު ދިނުމަށް ގިނަ ބަޔަކު ބޭނުމެވެ. ރައްޔިތު މީހާގެ ޖީބަށް ފައިސާ ވަންނާނެ ގޮތްތައް ފުރިހަމަ ކޮށްދެއްވުމަށް ފައްޓަވާފައިވާ ޕްރޮގްރާމްތަކުގެ މަންފާ ރައްޔިތުންނަށް ލިބި ދިނުމަށް ރޭވިފައިވާ ކަންކަން ތަންފީޒުކޮށް ނިންމުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް ހައްގު ކަމަށް ދެކެނީ އެތައް ހާސް ބައެކެވެ.

    އެމްޑީޕީ މެންބަރުންގެ ތަރައްގީގެ އިހުސާސް ގުޅިފައި ވަނީ ރައީސް ސާލިހާއެވެ. އެމްޑީޕީގެ ގިނަ މެންބަރުން ތިބީ މަރުވަމުންދާ ފިކުރެއް ދިރުވުމަށްވުރެ އެމްޑީޕީއާއި އެކުގައި ކުރިއަށް ދިޔުމަށް ރައީސް ސާލިހުގެ ފަހަތްޕުޅުގައެވެ.

    ]]>
    Fri, 20 Jan 2023 15:05:55 +0500 ހީރަސް
    އެސްޓީއޯ: ފަސްދުވަހުގެ މަސައްކަތް ފަސްގަޑިއިރަށް https://heerasnews.com/931 https://heerasnews.com/931

    ދުނިޔޭގެ ވިޔަފާރީގެ ތެރެއަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ވަންނަމުން ދާއިރު ދުނިޔޭގެ މަޝްހޫރު ބައެއް ކުންފުނި ތަކުން ބޭނުން ކުރަމުން އަންނަ ހުރިހާ ފަސޭހައެއް އެސްޓީއޯގައި ގާއިމު ކުރުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރެވެމުންނެވެ. ދުނިޔޭގެ މަޝްހޫރު ގިނަ ކުންފުނި ތަކެއްގައި ބޭނުން ކުރެވޭ ޕްރޮކިއުމަންޓް ނިޒާމެއް އެސްޓީއޯއިން އަލަށް ތައާރަފްކުރީ ދުނިޔޭގެ ފެންވަރުގައި އެސްޓީއޯ ފައިހަމަ ކުރުމަށެވެ.

    ޕްރޮކިއުމަންޓްގެ މަސައްކަތަށް ހާއްސަ ސޮފްޓްވެއަރއެއް ކަމުގައިވާ އެސްއޭޕީ އަރީބާ އެސްޓީއޯގައި ތައާރަފް ކުރުމުން ކުރިން ފަސް ދުވަހުން ކުރި މަސައްކަތް ފަސް ގަޑިއިރުތެރޭގައި ކޮށް ނިންމާލެވޭނެއެވެ. ކުރިން އެސްޓީއޯއިން ޕްރޮކިއުމެންޓްގެ ކަންކަމުގައި މުއާމަލާތް ކުރަމުން ދިޔައީ 2010ގައި ގާއިމުކުރި އީމެއިލްގެ ޒަރިއްޔާއިން މުއާމަލާތު ކުރެވޭ ނިޒާމަކުންނެވެ. އަލަށް ތައާރަފްކުރި އެސްއޭޕީ އަރީބާ ނިޒާމުން ޕްރޮކިއުމެންޓް ހުރިހާ މަސައްކަތެއް އެއް ޕްލެޓްފޯމަކުން ލިބިގެން ދާނެއެވެ.

    ހުސްވި އަހަރު އެކަނި ވެސް އެސްޓީއޯއިން 15 ބިލިޔަން ރުފިޔާގެ ވިޔާފާރި މުއާމަލާތުގައި 10000 އަށްވުރެ ގިނަ ޕާޗޭސް އޯޑަަރު ހިމެނެއެވެ. އަނެއް ކޮޅުން 261 ޓެންޑަރ ހުޅުވާލާފައިވެއެވެ. މި ހުރިހާ ކަންކަން މެނުއަލްކޮށް ކުރަން ގިނަ ދަތިތަކާ ކުރިމަތިވިއެވެ. އަރީބާ އާ ކްލައުޑް ބޭސްޑް ސިސްޓަމާއެކު ސަޕްލަޔަރުންނާއި އެސްޓީއޯ ގުޅުވާލެވި އެސްޓީއޯއެކު ކުރެވޭ އެންމެހާ މުއާމަލާތް ލުއިފަސޭހަ ވެގެން ދާނެއެވެ.

    އަރީބާ ޕްލެޓްފޯމަކީ އެ ވަސީލަތް މެދުވެރިކޮށް ބިޑްތަކަށް ކުރިމަތިލެވި ބިޑްތަކުގެ ސްޓޭޓަސް ވަގުތުން ވަގުތައް ބަލާލެވޭނެ ނިޒާމެކެވެ. މުދާ ގަންނަ ފަރާތް ތަކަށް މުދަލުގެ ސްޓޭޓަސް ވެސް ދަތިކަމެއް ނެތި ބެލެން ހުންނަ މި ނިޒާމުގެ ތެރެއިން އެއްބަސްވުން ތަކުގައި ސޮއިކުރުން ފަދަ އެތައް ލުއިފަސޭހަ ތަކެއް ލިބިގެން ދެއެވެ.

    ]]>
    Fri, 20 Jan 2023 14:11:21 +0500 ހީރަސް
    ޔާމީނަށް ހުކުމްކޮށްގެން ދުނިޔެ ކުޅަދުރު ހަތަޔަކަށް! https://heerasnews.com/930 https://heerasnews.com/930

    މާތްކަލާކޯއެވެ. ޔާމީނަށް ހަރާން ހުކުމެއްކޮށްގެން މުޅިދުނިޔެ ހީވަނީ ކުޅަދުރު ހަތައެއް ހެންނެވެ. ނޭޓޯއާއި ރަޝިއާ ވެސް އެތިބީ އެއްގަލަށް އަރައިގެން ޔާމީނުގެ ހަރާން ހުކުން ބާތިލުކޮށް ޔާމީނު ޖަލުން ނެރެން ލަޝްކަރު އެއްކޮށްގެންނެވެ. ދިވެހި ސަރުކާރަށް އިންޒާރުތައް އެއަންނަނީ ފުލުފުލުން ވިއްޔާއެވެ. ދިވެހި ސަރުކާރު އެކަމާހެދި އެއޮތީ ބިރުން ފިއްކަޑައިގެން ގޮސްގޮހެވެ. އެމެރިކާއާއި ޗައިނާއާއި ނޭޓޯއާއި ރަޝިޔާގެ އަސްކަރިއްޔާއަށް ޔާމީނު މިނިވަންކުރުމަށް ވުރެ ބޮޑު އެހެން ކަމެއް ނެތެވެ. އިންޑިއާ އައުޓުކޮށް ޔާމީނު ވެރިކަމުގައި ބައިންދާފައި ނޫނީ ދުނިޔެ އޮތީ އެހެން ދިމާލަކަށް އެނބުރޭ ގޮތަކަށް ނޫން ވިއްޔާއެވެ. ދިން މުހުލަތު ހަމަވާނެ އިރަކަށް އެތިބީ ބަލަބަލާ ކަހަލައެވެ. 

    ވާނީ އެހެންތާއެވެ. ގައުމު ދަވާލައިގެން ވެރިކަމުން ބާލާ ޝަރީއަތް ހިންގަން ފެށުމުން ޕީޕީއެމް ޓިކެޓް ފޭރިގަނެގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ބޮޑު ވަގަކު ވީމާ އެ ވަގު ސަލާމަތް ކުރަން ދުނިޔެ ކިހާވަރެއް ހުންނާނެ ހެއްޔެވެ. ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާހުގައި ޔާމީނުގެ ނަން ނެތިއްޔާ ދުނިޔޭގެ ލަޝްކަރުތައް ގުޅިގެން ޔާމީނު ވެރިކަމަށް ގެނައުމަށްޓަކާ ސައްދާމު ހުސޭނު ސަރުކާރަށް ޖެއްސި ހާލަށް ވުރެ ދެރަވަރު ދިވެހި ސަރުކާރަށް ކޮށްލަން ދުނިޔެ އެ އޮތީ ފެން ބޮވާފައި ވިއްޔާއެވެ.

    ލަދު ހަޔާތުގެ ކަންފުޅެއް ނެތެވެ. ޝަރީއަތްތައް ހިނގަނިކޮށް ތެޅެގަނެގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ޔާމީނު ހެދީ ތިޔަ ތާކިހާ އަޅަންކަން ދުނިޔޭގެ އެއްވެސް ބަޔަކަށް ނޯޅެއެވެ. އިދިކޮޅު ކެންޑިޑޭޓް ޖަލަށް ލައިގެން އުޅެނީއޭ ކިޔައިގެން ލަންކާގައި ހުންނަ މިޝަން ތަކަށް ގޮސް ތޮރުފުނަކަސް ޔާމީނަކީ ކީހާވަރެއްގެ ވަގު ޑިކްޓޭޓަރެއްކަން އެ މީހުނަށް މާރަނގަޅަށް އެނގެއެވެ.

    މާ ވަރުގަދަ ޓީމަކަށް ޔާމީނު ސަލާމަތްކުރަން ލަންކާއަށް ދެވިގެން ނެގނެގިފައި ޖެހެނީ އެހެންވެގެންތާއެވެ. ބަލަގަ! ބައިނަލްއަގުވަމީ ހަމައިގެ ތެރޭން ޕައްލަންބެ ބައްދަލުކުރަން ދިޔަސް އެ މީހުން ބައްދަލު ކުރާނެއެވެ. ކިޔާހާ އެއްޗެއް އަޑުއަހާނެއެވެ. ވާނުވާ ބަލާނެއެވެ. މީހަކު ކިޔާހާ އެއްޗަކަށް ގައުމު ތަކުން އަމަލުކުރާނީ ލައްކަ ބެލުން ބަލާ ލައްކަ ގިނަ ހަމަތަކެއްގެ ތެރެއިންނެވެ. ދެތިން ކެނަ ސޯސަންމަގު ހަތަރު އަނގޮޅިއަށް ނިކުމެ ކަރުން ހަން ދުއްވާހެން ބައިނަލްއަގުވާމީ ދުނިޔެ ނަށައެއް ނުގަންނާނެއެވެ.  

    ސަރުކާރުން ލީޒްކުރި ކޮންމެ ފަޅުރަށެއް ލީޒްކުރި މީހުންގެ އަތުން ރައީސް ކަމުގައި ހުރި ޔާމީނުގެ އަމިއްލަ އެކައުންޓަށް އެ ދަނޑިވަޅު މިލިޔަން ޑޮލަރު ވަނުމަކީ އިއްތިފާގެއް ނޫންކަން ބައިނަލްއަގުވާމީ ދުނިޔެއަށް އެނގެއެވެ. ބާރާއާރުގައި ހުރެ ސިޔާސީ ވާދަވެރިން ފުރޭމްކޮށް ހައްޔަރުކޮށް ރިޔާސީ އިންތިހާބުގައި ވާދަ ކުރިޔަ ނުދިނީ ޔާމީނުކަން ދުނިޔެ ދަނެއެވެ. އީޔޫގެ ނަސޭހަތް ގަބޫލުނުކޮށް އީޔޫއާއި އެކަހެރިވެ ދުނިޔޭގެ ގޮވާލުންތަކަށް ބީރު ކަންފަތް ދިނީ ޔާމީނެވެ. ސީމެގުން ފިޔަވަޅު އަޅާ ހިސާބަށް ޔާމީނުގެ ގޮށްމުށުގެ ބާރުވެރިކަން ގޮސްގެން އެކަން ހުއްޓުވަން ފިޔަވަޅު އަޅަން ނިންމިކަން ގައުމުތަކުން ހަނދާނެއް ނުނެތެއެވެ. އެންމެ ފަހުން އެކަމާ ހެދި ކޮމަންވެލްތާ އޮތް ގުޅުން ކަނޑާލީ ޔާމީނުކަން ކޮމަންވެލްތު ހުރިހާ ގައުމަށާއި އީޔޫއާއި އެމެރިކާއަށް ރަނގަޅަށް އެނގެއެވެ.

    ހައަނގަ ޖަމީލުމެން މަތިހަށި ނަގާފައި ގޮސް ލިބިގެންވާ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި މި ސަރުކާރުން ހިފަމުން ގެންދާ ކަމަށް ބޭރު ގައުމުތަކުގެ އެމްބަސީގައި ބުނީމާ އެމީހުން ވެސް ކުރަނީ މަލާމާތެވެ. އެ މީހުނަށް މީ ކޮންބައެއްކަން އެނގެއެވެ. މި ބައިގަނޑު ޔާމީނުގެ ވާހަކަ ދައްކަން ލަންކާއަށް ގޮސް މީހަކަށް ވާކަހަލަ މީހަކާ ބައްދަލުވީނަމަ ލައްކަ ފޮނު އެރުވީހެވެ. ހައަނގަ ޖަމީލުމެން މީހުނަށް ތައާރަފްވެލާ މަޝްހޫރުވެލަން ޕީޕީއެމް ހަރަދުގައި ލަންކާއަށް ނަމަވެސް ދަތުރެއް ކޮއްލެވުނީތީ ކޮންމެވެސް އެއްޗެކޭ ކިޔާ ކޯތަޅުވަން ވާނެތާއެވެ.

    ]]>
    Fri, 20 Jan 2023 10:16:26 +0500 ހީރަސް
    ލަކިޖެހި ވަރަކަށް ފައިބާނީ ހުޅުނބު! https://heerasnews.com/926 https://heerasnews.com/926

    ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކުރައްވަން ޖެހެނީ ހައަނގަ ޖަމީލު ބުނާ ކަންކަމެއް ނޫނެވެ. އޮޅެގެން ނޫޅޭށެވެ. މި ރާއްޖޭގައި އޮތީ ފެޑެރަލް ދައުލަތެއް ނޫނެވެ. ޔުނިޓަރީ ދައުލަތެކެވެ. ސިޓީ ކައުންސިލަކީ ވަކި ސަރުކާރެއް ނޫނެވެ. ލާމަރުކަޒީ ނިޒާމަކީ މުއިއްޒު ލާން ގެންގުޅޭ ހަރުވާޅެއް ނޫނެވެ.

    ސަރުކާރުގެ އާރާބަރު ނުފޯރާ އަކަ އިންޗިއެއް ވެސް މި ދައުލަތުގައި ނުއޮންނާނެއެވެ. ސަރުކާރުން ހިންގަން އުޅޭ މަޝްރޫއެއް ޕްރޮގްރާމެއް ހުއްޓުވޭނެ ކައުންސިލެއް ވެސް ނޯންނާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމުރު މައުރޫފު ނުހިނގާ ފަސްގަނޑެއް މި ބިމުގައި ނުއޮންނާނެއެވެ. މުއިއްޒު ހިންގާ މާލެސިޓީ ކައުންސިލަކީ ވަކި ސަރުކާރެއް ނޫނެވެ. ގާނޫނީ އިމުން ބޭރުވެ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅޭ ވަރުގެ ގާނޫނީ ބާރެއް މާލޭ މޭޔަރަކަށް ނުއޮންނާނެއެވެ.

    ރައީސޭ އެޓޯލް މިނިސްޓަރޭ ބާރޭ ސިޓީކައުންސިލޭ ކިޔައިގެން ފަސާދަ އުފައްދަން ހަ އަނގަ ޖަމީލަށް އޮތް ހައިސިއްޔަތެއް ނެތެވެ. ރައީސް ޔާމީނަށް ކެހިދީ ޖަލަށް ވައްދާފައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ހުވަފެން ދެކިކިގެން ބުޅާ މަސްގަނަޑަށް ބަލާހެން ޕީޕީއެމްގެ ޓިކެޓަށް ވައްވައް ޖަހާނީ ހެއްޔެވެ. އެކަމެއް ނުވާނެއެވެ.

    ކުށް ކަނޑައަޅަން ހައަނގަ ޖަމީލަކީ ކާކު ހެއްޔެވެ. ގާނޫނީ ހަމަލަމަ ގެއްލި އިތުބާރު ކެނޑި މަގުމަތި ވީމާ ޓްވީޓް ކުރިޔަސް ޖެހޭނީ ގައިވީދާށެވެ. ކަމަކަށް އިސްކުރަން ކުފޫ ހަމަވާ އެންމެ ސިފައެއް ވެސް ޖަމީލުގެ ނެތެވެ. ކުޑަމިނުން ރަށުކައުންސިލެއްގައި ގޮނޑިއެއް ހޫނުކުރަން ވެސް ހައަނގައަށް ބަޔަކު ވޯޓެއް ދޭނީއެއް ނޫނެވެ. މާ ގަދަ މީހަކަށް ވެގެން ޓްވީޓް ކުރިޔަސް ސިޔާސީ އަބަ ހައްދަވެ ހުޅުނބު ފޭބީމާ ލަކިޖެހި ވަރަކަށް އެޅޭނީ ދޮޅިއެެވެ.

    ]]>
    Thu, 19 Jan 2023 17:57:51 +0500 ހީރަސް
    އިބޫގެ ޖަލްސާއަށް އޮޅުވާލައިގެން ބަޔަކު ނުގެންނާނެ https://heerasnews.com/924 https://heerasnews.com/924

    އަންނަ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ރައީސް އިބްރާހީމް ސާލިހު ކެމްޕެއިން ބޮޑު ޖަލްސާއަށް މާލެއަށް އޮޅުވާލައިގެން އެއްވެސް ބަޔަކު ނުގެންނާނެއެވެ. ހިތުން ރުހުމުން އަންނަން ބޭނުންކޮންމެ މީހަކަށް ކެންޕޭން ޓީމުން އެމަގު ފަހިކޮށްދޭނެއެވެ. ރައީސް ސާލިހަށް ވޯޓު ނުދޭނެ މީހަކު ބޯ ގިނަކުރަން އެ ޖަލްސާއަކަށް ނުގެންނާނެއެވެ. ރަށްރަށުން ބަޔަކު އެ ޖަލްސާއަށް އަންނަންޏާ އަންނާނީ އެ މީހަކު ބޭނުން ވެގެންނެވެ.

    ނެތް ތާއީދަށް އޮތް ކަމަށް ދައްކައިގެން މީހަކަށް ކަންދެއްކެވުމަކީ ރައީސް ސާލިހުގެ ތަބީއަތެއް ނޫނެވެ. ރަށްރަށުން މިހުން އަންނަންޏާ އަންނަނީ ރައީސް ސޯލިހުގެ ވެރިކަމުގައި އެ ރަށްރަށަށް ލިބޭ ކުރިއެރުމާއި ލުއިފަސޭހަ ދެކި އަތުން ހިފާ އެކަމަށް ޝުކުރުވެރި ވެގެންނެވެ. ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭން ލޮލުން ބޮލުން އެދިގެންނެވެ.

    އާނއެކެވެ. ސަރުކާރު ކުންފުނިތަކުގައި މަސައްކަތް ކުރާ މުއައްޒަފުންގެ ތެރޭގައި ތިބި ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވަން ތާއީދު ކުރާ ބަޔަކު ހަފްތާ ބަންދުގައި އާދެވެން އޮތިއްޔާ ޖަލްސާއަށް އައުމަކީ އެ މީހުނަށް އޮތް ހައްގެކެވެ. އެ މީހަކު ތާއީދު ކުރާ މީހެއްގެ އެއްވުމަކަށް އެ މީހަކަށް އާދެވެން އޮތް ގޮތަކަށް އާދެވެން އޮތް މީހަކު އައުމަކީ ބަޔަކާ ބެހޭކަމެއް ނޫނެވެ. އެ މީހެއްގެ އިހުތިޔާރުގައި އޮތް ކަމެކެވެ.

    މޮޅު ވާހަކަ އަކަށް ހަދައިގެން ޕީޕީއެމުގެ މައުތުޕީހުން ދުއްވާ ދެބޯގެރިއެއްގައި ރައީސް ސާލިހުގެ ސަޕޯޓަރުންނެއް ނުޖެހޭނެއެވެ. ރައީސް ސާލިހާއި އެ މަނިކުފާނުގެ ސަޕޯޓަރުން ތިބީ ފިސާރި ސާބިތުކޮށެވެ. ރައީސް އޮފީހާއި މިނސްޓްރީތަކާއި ކުންފުނިތަކުގައި ތިބި ތަފާތު ފެންވަރުގެ އެތައް ބަޔަކު ރައީސް ސާލިހާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރާއިރު ރައީސް ސާލިހަށް ކަހަރު ވަކެކޭ ވެސް ހީފުޅު ނުވެއެވެ. ފިއްތުމެއް ބިރުދެއްކުމެއް މަގާމުން އެއް ފަރާތް ކުރުމެއް ވަކިކުރުމެއް ނެތެވެ.

    ]]>
    Wed, 18 Jan 2023 20:47:55 +0500 ހީރަސް
    ކިޔަވާދޭން ނިލަންދޫ ބެލެނިވެރިންތަކެއް ދެކޮޅު! https://heerasnews.com/923 https://heerasnews.com/923 ކުރާނެ އެހެން ކަމެއް ނުފެނިގެން ޕީޕީއެމުން ފ. ނިލަންދޫ ސްކޫލުގެ ބެލެނިވެރިން ލައްވާ ހަޅުތާލެއް ފެއްޓުވުމުން ސަރުކާރާއި އެޑިޔުކޭޝަން މިނިސްޓްރީ އެ އޮތީ ކުޑަކަކޫ މައްޗަށް ތިރިވެފައެވެ. ޕީޕީއެމް ޔާމީނު ވެރިކަމަށް ގެނައުމަށް ފަސާދަ ނުއުފައްދާ ވަކި ކަމެއް ނެތެވެ. ރަނގަޅަށް ހިނގަހިނގާ ހުންނަ ކާމިޔާބު ސްކޫލުތައް ވެސް ހަލާކޮށް ކުދިންގެ ތައުލީމާއި ތަރުބިއްޔަތު ފުނޑުފުނޑު ކޮށްލުމަށް ވެސް ގައްދާރުން އެތިބީ ފެންބޮވާފައެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. ފ. ނިލަންދޫ ސްކޫލު ކުދިންނޫނީ ހެނދުނު 6.50 އަށް ސްކޫލަށް ކުދިންގެންދަން ޖެހޭ އެއްވެސް ސްކޫލެއް ރާއްޖޭގައި ނެތް ކަހަލައެވެ. ފ. ނިލަންދޫ ބެލެނި ވެރިން ނޫނީ ކުދިން ސްކޫލަށް ލާފައި ހެނދުނު ވަޒީފާއަށް ދާ އެހެން ބަޔަކުވެސް ނޫޅެނީތާއެވެ. ހަވީރު ހަތަރެއްގެ ފަހުން އިތުރު ގަޑީގެ ކްލާސްތައް ނުބާއްވައިގެން ކަންބޮޑުވާ ބަޔަކު މި ނޫނީ ރާއްޖެއަކު ނޫޅެއެވެ.

    ހަރުދަނާ ރަނގަޅު ނިޒާމަކުން ނިލަންދޫ ސްކޫލު ހިނގަމުން ދާތީ ޕީޕީއެމް ގޮނޑިކޮއްކޮއިންގެ ބަޔަކު ލައްވާ އެތަން ފާލުން ނައްޓާލަން ޕީޕީއެމެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. ހެނދުނު ދަރިން މަދަރުސާއަށް ގެން ދިޔުން ބުރަވެގެން ބެލެނިވެރިންނެއް ނޫޅޭނެއެވެ. ގަދަ ދިހަޔަކުން އެތައް ދަރިވަރުންނަށް ޖާގަ ލިބެނީ ރަނގަޅު ތަރުތީބެއްގައި ސްކޫލުން ކުދިންނަށް ތައުލީމު ދެވޭތީއެވެ. އެކަމާ ބެލެނިވެރިން ކަންބޮޑުވެގެން ދަރިންގެ ތައުލީމަށް ހުރަސް އަޅަން ނިކުންނާނީ ހާދަ ގޮތެއް ފޮތެއް ނެތިގެންނެވެ.

    މުޒާހަރާ ކުރަން ނިކުމެ ކުރާ ޑިމާންޑަކީ ދެއުޅި އެއްނުވާ ޑިމާންޑެކެވެ. ހެދުނު ކުދިން ސްކޫލަށް ގެންދަން ޖެހުމާއި ހަވީރު ކިޔަވާދޭ ކްލާސްތައް ނުބޭއް ވުމަކީ ބެލެނިވެރިން ނިކުމެ މުޒާހަރާ ކުރަންޖެހޭ ކަމެއް ކަމަކަށް ބުއްދި ގަބޫލެއް ނުކުރެވެއެ.

    ވީހާ ވެސް ހެނދުނަކާ ސްކޫލު ފަށައިގަނެ މެންދުރުން އަނބުރަން ވާއިރަށް ކުދިންގެ ސްކޫލުގަޑި އެއް ދަންފަޅިން ނިންމާލުމަށް މުޅި ރާއްޖެ ބާރު އަޅަމުން ދާއިރު ފ. ނިލަންދޫ ބަޔަކު އެ ނޫން ގޮތަކަށް އުޅެން ދިމާ ކުރުމުން އެ މީހުންގެ އިހުލާސްތެރިކަމާއި ނިޔަތުގެ ތެދުކަމާ މެދު ސުވާލު އުފެދެއެވެ. ފ. ނިލަންދޫ ސްކޫލު ދޮށަށް އެއްވެ ކުދިންގެ ތައުލީމަށް ހުރަސް އަޅަން އެ އުޅެނީ ހަގީގަތުގައި ވެސް ބެލެނިވެރިން ބާވައެވެ. ނުނީ ސިޔާސީ ފަސާދައިގައި ޖެހި ހަފުސްވެފައިވާ ޕީޕީއެމްގެ ގޮނޑި ކޮއްކޮއިން ކޮޅެއް ނޫންބާވައެވެ.

    ]]>
    Wed, 18 Jan 2023 15:24:13 +0500 ހީރަސް
    ނޫސްވެރި ވުމަކީ ކުށުން ބަރީއަވުމުގެ ލައިސަނެއްނޫން https://heerasnews.com/920 https://heerasnews.com/920 ނޫސްވެރިކަމަކީ ވާޖިބު ތަކަކާއި ޒިންމަތަކަކާއެކު އިމްތިޔާޒްތަކަކާއި ހައްގުތަކެއް ދީފައި އޮންނަ ކަމެކެވެ. ކޮންމެ ނޫސްވެރިޔަކު އޭނާ ޒިންމާ އަދާކުރުމުގައި ދަމަހައްޓާ ނަގަހައްޓަން ޖެހޭ ހަމަތަކާއި އުސޫލުތަކެއް އޮވެއެވެ. އެ މީހަކު މަސައްކަތްކުރާ ނޫސް އެޖެންސީއެއްގައި ލިޔެވިފައި އޮންނަ އެޑިޓޯރިއަލް ޕޮލިސީއަކާއި ސުލޫކީ ހަމަތަކެއް ހުރެއެވެ. އަމްދުން މުޒާހަރާތަކާއި އެއްވުތަކަށް ގޮސް ނޫސްވެރިއަކު އުޅެންޖެހޭ ވަކި ގޮތްތަކެއް ހުރެއެވެ. އަޅަން ޖެހޭ ވަކި ހެދުމެއް ނުވަތަ ނޫސްވެރިއެއްކަން އަންގައިދޭ ހާއްސަ ކާޑެއް ހާމަކޮށް ފެންނަން ހުންނަން ޖެހެއެވެ.

    އިންވެސްޓިގޭޓެޑް ޖާނަލިޒަމްގައި ޝަހުސު ފޮރުވިގެން ނޫނީ ނުހޯދޭ ކަންކަން ހޯދަން ނޫސްވެރިއެއް ނޫން ސިފައެއްގައި ކަންކަމުގެ ތެރެއަށް ނޫސްވެރިން ވަދެއެވެ. އެ ގޮތަށް ވަދެ އުޅޭ އުޅުމުގައި ނޫސްވެރިޔަކަށް އޮންނަ އިމްތިޔާޒެއް އެ ނޫސްވެރިޔާ ބޭނުމެއް ނުވާނެއެވެ. ބޭނުން ވިޔަސް ނުލިބޭނެއެވެ. އޭނާ އެ ވަގުތު ވާނީ އެ ކަމެއްގައި ޝަމިލުވާ އެހެން މީހުން ފަދަ މީހަކަށެވެ.

    ނޫސްވެރިކަމުގެ މަސައްކަތެއްގައި އެއްވުމަކަށް ދިޔަ ނޫސްވެރިއަކަށް ވާނަމަ އެކަން ސާފުކޮށް އެގޭނެހެން ކާކުކަން އަންގާ ދޭނެ އައިޑެންޓިޓީއެއް ދިމާލަށް ފެންނަން ހުންނާނެއެވެ. ހުންނަން ޖެހޭނެއެވެ. މުޒާހަރާގެ ބައިވެރިއަކު އަމަލު ކުރާ ގޮތަކަށް ނޫސްވެރިޔެއްގެ ގޮތުގައި ހުރެ މުޒާހަރާ ކުރާ ސަރަހައްދުގައި ނޫސްވެރިޔަކު ނޫޅޭނެއެވެ. މަސައްކަތްކުރާ ނޫސްއެޖެންސީގެ އެޑިޓޯރިއަލް ޕޮލިސީގައި އެ މުޒާހަރާއެއް ކުރާ ކަމެއްގެ މަސްލަހަތު އޮތަސް ނޫސްވެރިއެއްގެ ގޮތުގައިހުރެ މުޒާހަރާގެ ބައިވެރިއެއް ފާޑަކަށް ނޫސްވެރިޔާ އުޅެގެން ނުވެއެވެ. އެ ހިސާބުން ނޫސްވެރިކަމުގެ ހައިސިއްޔަތު ގެއްލި އެކްޓިވިސްޓެއްގެ ތޮފި އެޅެއެވެ. ޗެނަ.ް13ގެ ސަމާހަށް ލިބިގެން އެ އުޅެނީ އެ ލަނޑަށް ވުން ހާދަ ގާތެވެ.

    އިންވެސްޓިގޭޓެޑް ޖާނަލިޒަމްގެ ތެރެއިން ޝަހުސު ފޮރުވިގެން ހުރެ މުޒާހަރާ ކުރާ ސަރަހައްދުގައި ނޫސްވެރިޔާ އުޅުނު ނަމަ ނޫސްވެރިކަމުގެ ހައްގު ގެއްލިގެން ޑިމާންޑް ކުރުމުގެ ހައްގެއް އެ ނޫސްވެރިޔާ އަކަށް ނުއޮންނާނެއެވެ. އެ ހާލަތުގައި އޭނާއަކީ ޝަހުސު ފޮރުވިގެން ހުރި މުޅިން އެހެން މީހެކެވެ.

    ނޫސްވެރިކަމުގެ ހައްގު ތައްމިނަށް ހޯދަން ވަކާލަތު ކުރާ ފަރާތް ތަކުން ވެސް ޒިންމާދާރު ނޫސްވެރިކަމަށް ވަކާލާތު ކުރެވޭތީއެއް ނުފެނެއެވެ. ހައްގާއި އިމްތިޔާޒާއި އެއްވަރަށް ވާޖިބާއި ޒިންމާދާރުވުން އޮތްކަން ހަނދާންކޮށް ދެވޭތަނެއް ނުފެނެއެވެ. އެޑިޓޯރިއަލް ޕޮލިސީއަކީ ކޮންމެ މަސްލަހަތެއް އިސް ކުރުން ކަމަށް ވިޔަސް އާންމު ސުލޫކީ މިންގަނޑުތައް ނަގަހައްޓަން ބާރު އެޅޭތަނެއް ނުފެނެއެވެ. ހަމަ ތެދެކެވެ. ނޫސްވެރިއަކަށް ވުމަކީ ޖިނާއީ ކުށެއް ކުރުމުން ކުށްވެރި ނުވުމުގެ ލައިސަނެއް ނޫނެވެ.

    ]]>
    Tue, 17 Jan 2023 22:12:22 +0500 ހީރަސް
    އެމްޑީޕީއަށް އިބޫ ނޫން ގޮތަކީ ލިބިއޮތް މޮޅުގެއްލި މަގުމަތިވުން https://heerasnews.com/919 https://heerasnews.com/919 އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ވިސްނުމުގައި އަބަދުވެސް ބާއްވަންވީ ކުރިއަށް އޮތް ތަނުގައި އިންތިހާބެއް އޮތް ކަމެވެ. ކުރިއަށް އޮތީ ފަސް އަހަރަށް ވެރިއަކު ހޮވުމަށް ބާއްވާ އިންތިހާބު ކަމެވެ. މުޅި ވިސްނުމާއި ނިންމުންތައް އަމާޒު ކުރަންވާނީ އެ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކަށެވެ.

    ރާއްޖެއިން ވަރަށް ސާފްކޮށް ފެންނަން އޮތް މަންޒަރަކީ ވައުދު ފުއްދުމުގައި ގިނަ މަސައްކަތްތަކެއް ގިނަ ރަށްރަށުގައި ފުރިހަމަ ވާތަނެވެ. ބައެއް މަސައްކަތްތައް ނިމި އަނެއްބައި މަސައްކަތްތައް ފެށިގރން ކުރިއަށްދާ ތަނެވެ. ކޮންމެ ރަށަކުންވެސް އެކަން ބަލައިގަނެއެވެ. ކޮންމެ ރަށަކުން ވެސް ބޭނުން ވަނީ އެ މަސައްކަތްތައް ކުރިއަށް ގެންދާށެވެ. ފެށި ހިނގަމުންދާ ކަންކަން ނުހުއްޓި ކުރިއަށް ގެންދެވޭނީ ވެރިކަމުގައި ރައީސް ސާލިހު ހުންނަވައިގެނެވެ. ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް ރަށްތައް ތަރައްގީ ކުރުމަށް ރައީސް ސާލިހަށް އިތުރު ދައުރެއް ދިނުން ވަރަށް މުހިންމެވެ. މުޅި ރާއްޖޭގެ ރައްޔިތުންނަށްޓަކައި އެކަމަކީ އެމްޑީޕީން މިއަދު ކޮށްދޭން ޖެހޭ ކަމެކެވެ.

    އެމްޑީޕީގެ ވިސްނުމަކީ އަބަދުވެސް ރައްޔިތުންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމެވެ. ފެށުނީއްސުރެ އެމްޑީޕީގެ ފުރަތަމަ ސިޔާސަތަކީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. ކުޑަ ރަށެއް ބޮޑު ރަށެއް ސިޓީއެއް ނުބަލާ އެތަނެއްގައި ދިރިއުޅޭ މީހުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސް ސާލިހު ފައްޓަވާފައިވާ މަސައްކަތްޕުޅަށް އެމްޑީޕީ އެއްބާރުލުން ދޭންވީ ވަގުތަކީ މިއެވެ.

    އެމްޑީޕީއަކީ އެންމެ ބޮޑު ޕާޓީއެވެ. އެހެން ނަމަވެސް އެއް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރުމަކީ އެއްވެސް ޕާޓީއަކަށް ފަސޭހަ ކަމެއް ނޫނެވެ. ހަގީގަތުގައި ވެސް އެއީ ނާދިރު ކަމެކެވެ. އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނިމެންވާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތަކަށެވެ. އެމްޑީޕީގައި ވެރިކަން ހިފެހެއްޓުމަށާއި އަނިޔާވެރިކަން އެނބުރި އަޔަ ނުދިނުމަށް ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދިނުމުގެ ބޭނުންތެރިކަން ނިހާޔަތަށް ބޮޑެވެ.

    ކޮންމެ މެންބަރެއްގެ ވޯޓު ރައީސް ސާލިހަށް ދިނުން މިވަނީ ރަށްރަށުގެ މަސައްކަތްތައް ބޮލާ އެޅިޔަ ނުދިނުމަށެވެ. އެހެނެއް ކަމަކު ސަރުކާރުގެ ސިޔާސީ މަގާމު ތަކުގައި ތިއްބަވައިގެން ރައީސް ސާލިހަށް ޕްރައިމަރީ ކާމިޔާބު ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާ ސިޔާސީ ވެރިންނަށް މިހާރަށް ވުރެ މޮޅު އެހެން ގޮތެއް އޮތިއްޔާ އެ އޮތްގޮތަކީ ލިބިއޮތް މޮޅުގެއްލި މަގުމަތިވުމެވެ.

    ]]>
    Tue, 17 Jan 2023 19:01:53 +0500 ހީރަސް
    ނެތް ހަސް ދައްކަން ޓްވިޓަރުން ފޮނުއަރުވާ ފިނިފެންމާ https://heerasnews.com/918 https://heerasnews.com/918 ދައުލަތް ފުޅިއްސާލަން ލިބި އަތުން ބީވެ ދުވަސްތަކެއް ވޭތުވެ ދާތީ ދެރަވާނެއެވެ. އަސަރުކުރާނެއެވެ. ނޯށުންރޮއެ ހޭރޭނެއެވެ. އިކޮނޮމިކް ވަޒީރުކަން ގެއްލި ލިބި އޮތް މޮޅުން އަތް ދޮވެލައިގެން ހުންނަން ޖެހުމުން ފިނިފެން މަލެއް ކަމަކު މޯޅިވެ ކަރިތައް ކަރުގަނޑުން ލުހި ބިމަށް ވެރޭނެއެވެ. ފިނިފެން މަލަކަށް ވެސް އަބަދަކު ފޮޅުނު ގޮތަކަށް ނުމިލާ މޯޅިނުވެ އެއް ނުއިނދެވޭނެއެވެ.

    ބޮޑު މަހުޖަނުގެ ތޮއްވަރީ އިނދެ ކޮރަކައްޔެއްހެން ބޮޑުވެ ދޯކާދީ މުލުވަގު ގޭންގަށް ވަދެވުނަތީ ތުރާ ކުނަލެއް މައްޗަށް އުފަންވިކަން ހަދާން ނެތި ވައްކަމަށް ފާސްޓް ވުމަކީ ގަދަކަމެއް ނޫނެވެ. އަމިއްލަ އުފަންވެއްޔަށް ކުލުނު ކެނޑި މާ ވަށްވައް ޖަހާ، ގޮނޑިއެއް ހޫނު ކުރަން އިނަކަސް ކަނީކީ ވަކިން ހަލާލު އެއްޗެއް ނޫނެވެ. ދާއިރާގެ ތަކުންނަށް ކަމެއް ކޮށްނުދީ މުލުވަގު ތަހުތުގައި ވަޑުވަން އުޅުމަކީ ގިނި ދިރުވުން ނޫން ކަމަކަށް ނުވާނެއެވެ.

    ފަސް އަހަރު ވަންދެން ކުރިހާ ވެސް ކަމަކީ ދައުލަތް ވީދަ އިރައިގެން ކެއުމެވެ. ފަހާ ބޭރުކޮށްލީމާ މާ ވަށްވަށް ޖަހާނެކަމެއް ނެތެވެ. ސްލޯނުވެ ހަލުވިކޮށް ކުރިކަމަކީ ކޮބައިކަން ނޭނގޭ މީހަކު ނެތެވެ. ބާރުތަކުގައި ބަގުޑި ބައްދައިގެން ތިބެ ހަލުވިކޮށް ރަށްރަށުގެ ބަނދަރުތައް ހަދާ ފެނާ ނަރުދަމާ އަޅާ އިންޖީނުގެތައް އަޅާ ނިންމާފައި ހުރިނަމަ އެހެން ބަޔަކަށް ސްލޯކޮށް ވެސް އެކަންކަން ކުރާކަށް ނުޖެހުނީހެވެ.

    ތުރާކުނަށް ނިސްބަތް ވީތީ ލަދުން ދެފައި ގާތްނުވެ ފިނިފެންމާ ހެދިގެން މާ ވަށްވަށް ޖެހިޔަސް ތިޔަހެން މާ ވަށްވަށް ޖެއްސަސް ބަލާ އާދަމު ދަރިއަކު ނެތެވެ. ސިޔާސީ ބުރަދަނެއް ހުރި މީހެއްކަން ދައްކަން ޓްވިޓަރު އަތްގަޑަށް ވަރުބޭލިޔަސް ތިޔަ މަލެއް ދެން ނުފޮޅޭނެއެވެ. ފިސްވެ ޗިސްވެ ވެއްޔަށްވުން ނޫން ގޮތެއް ފިނިފެން މަލަކަށް ދެންނެތެވެ.

    ]]>
    Tue, 17 Jan 2023 17:57:00 +0500 ހީރަސް
    އެމްޑީޕީގެ ރައީސް ޕީޕީއެމްއަށް ރިފޯމްވެފާ! https://heerasnews.com/917 https://heerasnews.com/917 ޑާއާރުޕީން އަލީ ވަހީދާއި އަލްހާނު ގެނެސް އެމްޑީޕީގެ އިސްސަފުން ޖާގަދެއްވާ އެމްޑީޕީގެ ތަޅު ދަނޑި ޑީއާރުޕީއަށް ދެއްވީ ރައީސް ނަޝީދެވެ. ޑީއާރުޕީގެ ޒައީމްގެނެސް ބޮޑު ގޮނޑީގައިވަޑުވާ މައުމޫނިޒަމް އެމްޑީޕީގެ ތެރެއަށް ވައްދަވާ "ތިޔައީ ޒައީމެ ލޮބުވެތި ދިވެހި ގައުމު ފަހުރުވެރިވާ" ލަވަ އެމްޑީޕީ މީހުން ލައްވާ ކިޔުއްވީ ވެސް އެމްޑީޕީގެ ރައީސެވެ. މުޅި އެމްޑީޕީގައި އަބްދުﷲ ޝާހިދު ވަރުގެ ބޭފުޅެއް ނެތިގެން އެމްޑީޕީގެ ރިޔާސީ ޓިކެޓް ޝާހިދަން ދެއްވަން ލޮބީ ކުރައްވާ ހެއްދެވީވެސް އެމްޑީޕީގެ ރައީސް ނަޝީދެވެ. ޑީއާރުޕީ ދޫކުރައްވާ އެމްޑީޕީއާ ގުޅިވަޑައިގެން އެމްޑީޕީއަށްޓަކާ ޖާނާ މާލުން ގުރުބާންވެ ވަޑައިގަންނަވާ އެތައް ބޭފުޅުންނަށް ކުޑައިމީސް ކުރައްވާ ޕާޓީ ފަސާދައިގެ ތެރެއަށް ވައްޓަވާލެއްވީ ވެސް ރައީސް ނަޝީދެވެ. ދުވަހަކު ވެސް ކަމެއްގައި އިބޫ ސާލިހާ ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވީ ވެސް ރައީސް ނަޝީދެވެ. އެވަގުތަކު ސިޔާސީ މަންފާއެއް އަމިއްލަފުޅަށް ހޯއްދެވޭނެ ގޮތަކީ މީހެއްގެ އަނބުރު ކަތިލެއްވުން ކަމަށް ވިޔަސް އެކަމެއް ކުރައްވަން ރައީސް ނަޝީދު ފަސްޖެހި ވަޑައެއް ނުގަންނަވައެވެ. 

    ކުރިއްސުރެ ކުރިއަށް ނެރުއްވާ ޕްރަމޯޓްކުރެއްވި ފިކުރާ ދެކޮޅަށް ކޮންމެ ކަމެއް ވެސް ކުރައްވަން ރައީސް ނަޝީދު ނުބައްލަވައެވެ. އެމްޑީޕީގެ މުޅިފަލްސަފާއާ ހިލާފަށް އަމިއްލަފުޅު މަސްލަހަތުގައި ނުކުރައްވާނެ އެއްވެސް ކަމެއް ރައީސް ނަޝީދުގެ ނެތެވެ. އެމީހަކާ ދިވެހިވެރިކަމާ ނުބައްސަން ބުނެ ބޮޑުތަނުން ފެއިލްކޮށްލާފައި ހުންނެވި ކުރީގެ ރައީސް ޔާމީނުގެ އެންމެ ވިސްނުންފުޅެއްނޫން ހުރިހާ ވިސްނުންފުޅެއް ރައީސް ނަޝީދަށް މިހާރު ކަމު ހިނގައްޖެއެވެ. ރައީސް ޔާމީނަކީ ތަސައްވުރު ހުރި ތައުލީމީ ތޫނުފިލި މޮޅު ބޭފުޅަކަށް ރައީސް ނަޝީދަށް ވެވަޑައިގެންފިއެވެ. އިންޑީއާ އައުޓު ހުއްޓާލައިފި ނަމަ ރައީސް ނަޝީދަށް ޕީޕީއެމްވަރެއް މިހާރަކު ނެތެވެ. 

    އެމްޑީޕީގެ ރައީސްގެ މިހާރުގެ ހާލުކޮޅަކީ އެއީއެވެ. ޕީޕީއެމްގެ ފަސްބައިގައި އެލިވަޑައިގެން ވެސް ރައީސް ނަޝީދު ބޭނުންފުޅު ވެވަޑައިގަންނަވަނީ އެމްޑީޕި ސަރުކާރެއް އުފެދުނަ ނުދެއްވުމެވެ. އެ މަނުކުފާނަށް ވެރިކަން ފަހިނުވާ އެއްވެސް ގޮތެއް އެމްޑީޕީގެ ތެރެއިން ފެނިވަޑައިގަންނަ އިރަށް އެމްޑީޕީގެ އެހެން މީހަކު ވެރިކަމަށް އަޔަ ނުދެއްވުމަކީ އެމަނިކުފާނުގެ އަމާޒަށް އޮންނަްނީ ވެފައެވެ. ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުން ވެސް އެމްޑީޕީގައި ވެރިކަން އޮތުމަށްވުރެ ރައީސް ނަޝީދުގެ ހިތްޕުޅަށް ތަސައްލީ އަކަށްވެއެވެ. 

    ]]>
    Mon, 16 Jan 2023 16:18:17 +0500 ހީރަސް
    އެމްޑީޕީ އަކަށް ވެސް އެކަންޏަކު ނުވާނެ! https://heerasnews.com/916 https://heerasnews.com/916 ރައްޔިތުންގެ މަޖިލިސްގެ އިންތިހާބާއި ރިޔާސީ އިންތިހާބު ވަރަށް ތަފާތެވެ. ރައްޔިތުންގެ މަޖިލީހަކީ އެތައް ދައިރާއަކަށް އެތައް ބަޔަކު ނިކުމެ ވާދަކޮށް އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ގޮނޑިލިބޭ އިންތިހާބެކެވެ. ރިޔާސީ އިންތިހާބަކީ އެންމެ ގޮނޑިއަކަށް މުޅި ރާއްޖޭގެ އެންމެން ވޯޓުދޭ މަދުބަޔަކު ވާދަކުރާ އިންތިހާބެކެވެ. ރިޔާސީ އިންތިހާބުގެ އެންމެ އުދަގޫ ކަމަކީ މުޅިރާއްޖޭން އިންތިހާބުގައި ވޯޓުދޭ މީހުންގެ ފަންސާސް އިންސަތައަށް ވުރެ އިތުރަށް އެކަކަށް ވޯޓު ހޯދުމެވެ. 

    މަޖިލިސްގެ ގޮނޑިތަކަށް މެންބަރުން އިންތިހާބު ވަނީ ވާދަކުރާ އެންމެންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯދާ މީހެކެވެ. ގިނަ ދާއިރާތަކުގައި އިންތިހާބު ވެފައިތިބި މެންބަރުންނަށް ބަލާއިރު ދާއިރައިން ވޯޓު ދިން މީހުންގެ ފަންސާސް އިންސައްތަ ލިބުނު މެންބަރުން ވަރަށް މަދެވެ. އެންމެ ފަހުން އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދާއިރާއިން ތަފާތު ބޮޑު ނަތީޖާއަކުން ގޮނޑިކާމިޔާބު ކޮށްފައިވަނީ ސަންޓްރެވަލް ޝިޔާމާއި ގާސިމް އިބްރާހީމް ފަދަ މަދު މީހެކެވެ. 

    2019 ގައި އޮތް މަޖިލިސް އިންތިހާބުގެ 65 ގޮނޑި އެމްޑީޕީއަށް ލިބިފައި އޮތް އޮތުމަކީ ވެސް ހަގީގަތެކެވެ. އެ އިންތިހާބުގައި އެމްޑީޕީން 65 ގޮނޑި ނެގިއިރު ހޮވުނު ކެންޑިޑޭޓާއި އެންމެ ގާތުން ވާދަކުރި ކެންޑިޑޭޓާއި ދެމެދުގެ ފަރަގު ސަތޭކަ ވަރަކަށް ވޯޓަށް ވެސް ބޮޑުކޮށް ލެވިފައި އޮތީ މަދު މީހަކަށެވެ. ހިތްތަކުގެ ރައީސަށް ވެސް ވެވަޑައިގެން ވަރަކީ މުޅިން އަލަށް އިންތިހާބެއްގައި ވާދަކުރަން ނުކުތް ޒުވާނަކާ މައްޗަށް ގޮޅީ މެދު ދާއިރާގައި ވާދަ ކުރައްވައިގެން ސަތޭކަ ފަންސާހެއްހާ ވޯޓުން ކުރި ހޯއްދެވޭ ވަރުވުމެވެ. 

    މަޖިލިސްގެ 65 ފަސްގޮނޑި އެމްޑީޕީއަށް 2019 ލިބުނު ނަމަވެސް ގަބޫލު ކުރަން ޖެހޭ އެހެން ހަގީގަތެއް ވެސް އެބައޮތެވެ. 2019 ގައި އޮތް މަޖިލިސް އިންތިހާބުގައި މުޅި ރާއްޖޭން އެމްޑީޕީއަށް ލިބުނު މިންވަރަކީ އެމްޑީޕީގެ މަގުބޫލުކަން މުޅި ރާއްޖޭގައި އޭރު އޮތް މިންވަރު ވަޒަން ކޮށްލުމެކެވެ. ފ. އަތޮޅު ނިލަންދޫ ދައިރާ ނޫން އަނެއް 84 ދާއިރާއަށް ކެންޑިޑޭޓުން ނެރެ އެމްޑީފީން ވާދަކޮށްގެން ( ބަލިވި ކެންޑިޑޭޓުންނަށް ލިބުނު ވޯޓާ ވެސް އެކު) އެމްޑީޕީ ހުރިހާ ކެންޑިޑޭޓުންނަށް ލިބުނީ އެ އިންތިހާބުގައި ވޯޓުލީ މީހުންގެ %36 އެވެ. އަނެއް %74 ޕަސެންޓް ވޯޓުދިނީ އެމްޑީޕީއާއި ދެކޮޅަށެވެ. އެހެން ކަމުން އެމްޑީޕީގެ މަގުބޫލުކަން އޮންނަނީ އާބާދީގެ ސަޅީހަކަށް ޕަސެންޓްގައިކަން ކިތަންމެހާ ވެސް ރަނގަޅަށް ސާފުވެއެވެ. ރިޔާސީ އިންތިހާބުގައި 33 އިންސައްތަ ލިބޭ މީހަކަށް ރައީސްކަން ލިބޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެންނަވަން ދާދި ފަހުން ރައީސް ނަޝީދު އުޅުއްވީ އެހަގީގަތް އެ މަނިކުފާނަށް ގަބޫލުފުޅު ކުރެއް ވޭތީއެވެ. 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިގެން ރައީސްކަން ލިބޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ އެ މިންވަރަކީ އިތުރު ބައެއްގެ ތާއީދާ ނުލާ ރިޔާސީ އިންތީހާބު އެއްވެސް ޕާޓީއަކުން އެކަންޏަށް ކާމިޔާބު ކުރެވެން އަދިވެސް ނެތް ކަމަށް ގަބޫލު ކުރަން މަޖުބޫރު ސަބަބެކެވެ.

    ހަގީގަތް އެހެން އޮތުމާއެކު އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް އެހެން މީހުނާއެކުގައި މަސައްކަތް ކުރެއްވޭނެ އެހެން މީހުން ވެސް އިތުބާރުކުރާ އެހެން މީހުނަށް ކުޑައިމީސް ނުކުރާ ކެންޑިޑޭޓަކަށް ރިޔާސީ ޓިކެޓް އެމްޑީޕީން ދޭންޖެހެއެވެ. އެ މީހަކީ ރައީސް ސޯލިހު ނޫން ދެވަނަ މީހެއް ނޫނެވެ. މި ވަގުތު ރައީސް ނަޝީދަކީ އެމްޑީޕީއަށް ޗޮއިސްއެއް ނޫނެވެ. 

    ]]>
    Mon, 16 Jan 2023 13:21:46 +0500 ހީރަސް
    ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގެންފި https://heerasnews.com/914 https://heerasnews.com/914
    ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް އައްކާ މޮހަ ސެނާ ޕަޑައި ޓެކޯ ހުން ސެން ރާއްޖެވަޑައިގެންފިއެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގަތުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ކެމްބޯޑިއާގެ ބޮޑުވަޒީރުގެ ޝަރަފުގައި އެމް.އެން.ޑީ.އެފްއިން ގަރޑް އޮފް އޮނަރއެއް ވެސް އަރުވާފައިވެއެވެ.
    ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަކީ 1985 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ކުރީގެ އަސްކަރީ ކޮމާންޑަރެކެވެ. އެ މަނިކުފާނަކީ ކެމްބޯޑިއާގެ ވެރިކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި އަދި ދުނިޔޭގެ ނިސްބަތުން ވެސް ގައުމެއްގެ ލީޑަރެއްގެގޮތުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރައްވާ އެއް ލީޑަރެވެ. އެ ގޮތުން އެ މަނިކުފާނު ކެމްބޯޑިއާގެ ބޮޑުވަޒީރުކަން ކުރައްވާތާ މި އަހަރަށް 38 އަހަރު ވާނެއެވެ.
    ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމާއި، ދަތުރުފުޅުގެ ތެރެއިން ކުރިއަށްދާ ރަސްމީ ހަރަކާތްތައް އޮންނާނީ މާދަމާއެވެ.
    ކެމްބޯޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ރާއްޖެއާއި ކެމްބޯޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކޮށް، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން ފަހުމުނާމާތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
    ދަތުރުފުޅުގެ ހަވާސާގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުއާމަލާތްތައް ހަރުދަނާ ކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހި ކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބާއްވާ ބިޒްނަސް ފޯރަމްގައި ދެ ގައުމުގެ ޗެމްބަރ އޮފް ކޮމަރސް އިން ބައިވެރިވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
    ދިވެހިރާއްޖެއާއި ކެމްބޯޑިއާއާއި ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 21 ސެޕްޓެމްބަރު 1995 ގައެވެ. މިއަހަރު ދެގައުމުގެ ގުޅުމަށް 28 އަހަރު ފުރޭނެއެވެ.
    ]]>
    Sun, 15 Jan 2023 11:55:19 +0500 ހީރަސް
    އެސްޓީއޯ ދުނިޔޭގެ ބާޒާރަށް https://heerasnews.com/913 https://heerasnews.com/913

    ބޮޑެތި ކަންތައްތަކަށް އިންވެސްޓު ކުރުމަކީ އެސްޓީއޯގެ އަމާޒެވެ. އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު އެންމެ އިސްކަން ދެއްވަނީ އާއްމުން ނުކުރާ ވިޔަފާރި އެސްޓީއޯއިން ކުރުމަށެވެ. އެގޮތުން މުހިން އެ ޒާތުގެ ވެރިޔަފާރިތައް ހޯދާ ތައާރަފްކޮށް ކުރިއެރުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް އެސްޓީއޯއިން ވަނީ ފަށާފައެވެ.

    އެމެރިކާގެ ލަސް ވެގަސްގައި އޮންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ފެއަރގައި ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ބައިވެރިވީ އެ މަގުސަދުގައެވެ.  ރާއްޖެއަށް ތައާރަފް ކުރެވިދާނެ ވިޔަފާރީގެ އައު ޓެކްނޮލޮޖީތަކުގެ މައުލޫމާތު ހޯދާ ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯއިން އެސްޓީއޯ ވަނީ ހޯދާފައެވެ. އެމެރިކާގެ ލަސް ވެގަސްގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކް ފެއަރ ކަމުގައިވާ ކޮންސިއުމާ އިލެކްޓްރޯނިކްސް ޝޯގައި މި އަހަރުު އެސްޓީއޯއާއި އެކު  173 ގައުމަކުން 3200 ކުންފުނިން ބައިވެރިވިއެވެ.

    ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ކުރިއެރުވުމަށް މި ވަގުތު އެސްޓީއޯއިން ވަނީ އަމާޒު ހިފާފައެވެ. ސިއްހީ ހިދުމަތުގައި ބޭނުންކުރާ ތަކެތި ފޯރުވާދިނުމަށް ބޭނުން ކުރެވިދާނެ އަލާތާއި ނުކުޅެދުންތެރިންނަށް ހާއްސަވެފައިވާ އީޖާދީ އާލާތްތަކާއި ތިމާވެށީގެ ރޮނގުން ރާއްޖެއަށް ބޭނުންތެރި އައު ޓެކްނޮލޮޖީގެ މައުލޫމާތު ތެކް ފެއަރއިން އެސްޓީއޯ ދެނެގަތެވެ.

    އިމާރާތްކުރުމުގެ ސިނާއަތުގައި ބާއްވާ އެންމެ ބޮޑު އެއް ފެއަރ ކަމަށްވާ "ބިގް 5" ގައިވެސް ދާދިފަހުން އެސްޓީއޯ ވަނީ ބައިވެރިވެފައެވެ. އެގްޒިބިޓަރެއްގެ ގޮތުގައި " ބިގް5" ގައި އެސްޓީއޯ ބައިވެރިވުމުގެ މަގްސަދަކީ ކޮންސްޓްރަކްޝަންސްގެ ވިޔަފާރި ބައިނަލްއަގްވާމީ ބާޒާރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިކުރުމެވެ.


    ]]>
    Sun, 15 Jan 2023 11:06:44 +0500 ހީރަސް
    ނަޝީދު ކާމިޔާބު ކޮށްފިނަމަ އެމްޑީޕީއަށް ވެރިކަން ގެއްލޭނެ https://heerasnews.com/912 https://heerasnews.com/912 ރައީސް ނަޝީދު ބާއްވާ ޕްރައިމަރީ އެއްވުން ތަކުގައި ގިނަ އަދަދަކަށް ޕީޕީއެމް ސަޕޯޓަރުން ބައިވެރި ވާތީ އެބަ ފެނެއެވެ. ޕީޕީއެމުން އެހާވަރަކުން ނަޝީދަށް ޕްރައިމަރީ ކާމިޔާބު ކޮށްދޭން މިއުޅެނީ ކީއްވެގެން ހެއްޔެވެ. ޓްވިޓަރއާއި ސޯޝަލް މީޑިއާގެ އެހެނިހެން އޮޅިތަކުގައި ހެސްކިޔާފައި ޕީޕީއެމުން ނަޝީދަށް ތައުރީފްކޮށް ޕްރަމޯޓް ކުރާ ސަބަބާ މެދު ވިސްނާލުން ބުއްދިވެރިއެވެ. ނަޝީދަކީ ހަމަ އެމީހުން އެހާ ލޯބިވާ މީހަކީ ހެއްޔެވެ. ނަޝީދަށް ވެރިކަން ލިބިގެން ޕީޕީއެމަށް މޮޅުތަކެއް ވާން އޮތީ ހެއްޔެވެ. ނޫނެކެވެ.

    އެމްޑީޕީގެ ޓިކެޓްގައި ރައީސް ނަޝީދު ރިޔާސީ އިންތިހާބަށް ނިކުންނަވައިފި ނަމަ ފަސޭހަކަމާއެކު ބަލިކޮށް ލެވޭނެ ކަން އެ މިީހުނަށް ކަށަވަރުވެއެވެ. އެހެން ކަމުން ހެދުނު އެއްޗެއް ހަދައިގެން އެމްޑީޕީގެ ޕްރައިމަރީ ނަޝީދަށް ކާމިޔާބުކޮށް ދެވެން އޮތް ގޮތަކަށް ކާމިޔާބު ކޮށްދޭން ޕީޕީއެމް ލީޑަރޝިޕް މަސައްކަތް އެބަކުރެއެވެ. ކުރާނެވެސް މެއެވެ.

    އާނއެކެވެ. ރައީސް ނަޝީދަކީ އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންގެ ލޯބި އޮތް ބޭފުޅެކެވެ. އެހެނެއް ކަމަކު މުޅި އެމްޑީޕީ އެއްކޮށް ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވޯޓު ދިނަސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވޭ ވަރަކަށް ވޯޓެއް ލިބި ވަޑައެއް ނުގަންނަވާނެއެވެ. މަރަށް ފުރާނައަށް ވެސް ރާއްޖޭގެ ވޯޓުލާ އާބާދީގެ ސާޅީހަކަށް ޕަސެންޓަށް ވުރެ ބޮޑު އެއްޗެއް އެމްޑީޕީއަކަށް ނުހޯދެއެވެ. އެހެން ޕާޓީތައް އުޅެނީ އެ އަށްވުރެ ދަށުގައެއެވެ. %50 އަށް ވުރެ އިތުރަށް ވޯޓު ހޯދަން އެމްޑީޕީން ވެސް އެހެން ބައެއްގެ އެހީތެރިކަން ހޯދަން ޖެހެއެވެ. 2008 ގައި އެމްޑީޕީއަށް ވެރިކަމަށް އާދެވުނީ ވަތަން އެދޭ އިއްތިހާދުންނެވެ. 2018 ގައި %68 އިންސައްތަ ލިބިގެން ވެރިކަމަށް އާދެވުނީ ވެސް ބޮޑު ކޯލިޝަނަކުންނެވެ.

    2013 އަކީ ރައީސް ނަޝީދުގެ އެންމެ ޕޮޕިއުލާ އަހަރެވެ. ނަޝީދުގެ ވެރިކަން 2012 ގައި ވެއްޓުމާ ގުޅިގެން މުޅި އެމްޑީޕީއާއި އެމްޑީޕީއަށް ހެޔޮއެދޭ މިހުންނާއި ހަމްދަރުދީގެ ވޯޓުން ވެސް ރައީސް ނަޝީދަށް 2013 ވެރިކަން ނުހޯއްދެވުނެވެ. ރައީސް ނަޝީދުގެ އަމަލުފުޅުތައް ހުންނަ ގޮތުން ސިޔާސީ ބުރަދަނެއް ހުރި އެއްވެސް ޕާޓީއަކުން ނުވަތަ ޖަމާއަތަކުން ރައީސް ނަޝީދަށް އިތުބާރެއް ނުކުރެއެވެ. ވެރިކަމަށް ވަޑައިގަތުމުގައި އެހީތެރިކަން ދޭ އެއްވެސް ބަޔަކަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު ކަމޭ ހިއްތެވުން ނެތުމުގެ ތަޖުރިބާ ހުރިހާ ސިޔާސީވެރިން ވަރަށް ރަނަގަޅަށް ތިބީ ކޮށްގެނެވެ. ގިނަ ސިޔާސީވެރިން ތިބީ އެއްގޮތެއް ނެތަސް ރައީސް ނަޝީދާ ބައިއަތު ހިފާ ގޮތަކަށް ނޫނެވެ. އަމްދުން ރައިސް ސާލިހުގެ ސަރުކާރާއި މެދު ރައީސް ނަޝީދުގެ އަމަލުފުޅުތަކާއި ބަސްމަގު ބަހައްޓަވާ ގޮތުން ރައީސް ނަޝީދަށް އިތުބާރު ކުރާނެ އެއްވެސް ސިޔާސީ ޕާޓީއެއް އަދި ޖަމާއަތެއް ރާއްޖެއަކު ނެތެވެ.

    ރައީސް ނަޝީދު އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި ނަމަ އެމްޑީޕީ އެކަނި ނިކުމެ ގަނަތެޅި ޕާޓީގައި އޮތްވެރިކަން ގެއްލުން ނޫންކަމެއް ނުވާނެއެވެ. ރައީސް ނަޝީދަށް ޓިކެޓް ދީގެން އެމްޑީޕީ ވާދަކުރަން ނިކުންނަ ރިޔާސީ އިންތިހާބެއް ކާމިޔާބު ވަންޏާ ވާނީ މުއުޖިޒާތަކުންނެވެ. ރައީސް ނަޝީދަށް ތާއީދުކޮށް ޕްރައިމަރީ ހޯދަދޭން އުޅޭ އުޅުމުން އެމްޑީޕީގައި އޮތް ވެރިކަން ގެއްލުން ނޫން ކަމެއް ނުވާނެއެވެ.

    އެންމެ އަޖައިބު ކަމަކީ ރައީސް ސާލިހު ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަނުކޮށްފައި ތިބި ސިޔާސީ ވެރިންގެ ތެރެއިން ބައެއް މީހުންނަށް ކުރެވޭ ނުކުރެވޭ ކަން ނޭގުމެވެ. ރައީސް ސާލިހުގެ އެމްޑީޕީ ސަރުކާރުން އެ މީހުނަށް ލިބިފައިއޮތް މަގާމު ނަގާލަން އަމިއްލައަށް މަސައްކަތް ކުރާކުރުމެވެ. އެމްޑީޕީއަށް އޮތް ވެރިކަން ގެއްލި އެ މިީހުން އެތިބި މަގާމު ގެއްލި އަމިއްލައަށް މަގުމަތިވާން އުޅޭ އުޅުމެވެ. ތިމާމެން ހިމެނޭ ސަރުކާރު ވައްޓާލައިގެން މިހާރު ނުލިބޭ މޮޅެއް ލިބިދާނެކަމަށް ހީކުރެވޭ ހީކުރުމެވެ. ޕާޓީގައި ކިތަންމެ ތާއިދު ބޮޑަސް ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ވެރިކަން ދޭން ބޭނުން ނުވާ އަދި އެހެން ސިޔާސީ ވެރިން އެއްގަލަށް ނާރާނެ މީހަކަށް ވެރިކަން ލިބޭނެ ކަމަށް ހިސާބު ޖަހާޖެހުމެވެ. ނަޝީދު ވެރިކަމަށް ގެންނަން ތާއީދުކޮށްގެން ތިމާއަށް ލިބިލިބި އޮތް މޮޅުން އަތް ދޮވެލާ އަނެއްކާ ވެސް މަގުމަތިވާން އުޅޭ އެމްޑީޕީގެ ސިޔާސީ ވެރިންގެ މޮޔަކަމާއެވެ.

    ]]>
    Sun, 15 Jan 2023 08:26:48 +0500 ހީރަސް
    ގަބުޅިކަތީބުން ތިބެންޖެހޭނީ ގަނޑުވަރުގެ ތިރިގޮނޑީގައި https://heerasnews.com/909 https://heerasnews.com/909 އަމާޒެއް ތަސައްވުރެއް ނެތީ ސަރުކާރުގެއެއް ނޫނެވެ. ރައީސް ނަޝީދުގެއެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި އުމްރާނީ ބޮޑެތި މަސައްކަތްތައް މި ސަރުކާރުން ފެށުމުން އެކަމެއް ހަޖަމެއް ނުކުރެއްވުނެވެ. ވިދާޅުވީ ކީކޭ ކަމަށް ހެއްޔެވެ. ރާއްޖެއަށް ކޮންކްރިޓް ތަރައްގީ ބޭނުން ނުވާކަމަށެވެ. އެއްކޮޅުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ނުކޮށްދެވޭ ކަމަށް އެހާމެ ބާރަށް ވިދާޅުވަމުން ގެންދެވިއެވެ. ހަމަ އެހެންމެ ދަނޑިވަޅަކީ ތަރައްގީގެ މަސައްކަތްތައް ކުރަންވީ ވަގުތު ނޫންކަމަށް ތަކުރާރުކޮށް ވިދާޅު ވަމުން ގެންދެވިއެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏެކޭ ތަފާތެއް ނެތެވެ.

    ސަރުކާރުން ރާއްޖޭގެ ކަންކޮޅު ތަކުގައި ހިންގަނީ ތަރައްގީގެ މަޝްރޫއު ނޫން ކަމަށް ރައީސް ނަޝީދު އެބަވިދާޅުވެއެވެ. ނަޝީދު ވިދާޅުވާ ގޮތުން ރާއްޖޭގައި ހިނގާ އެންމެ ބޮޑު މަޝްރޫއަކީ ދުވަސްވީ މީހުނަށް ދެވޭ އިނާޔަތެވެ. ދުވަސްވީ މީހުނަށް ދޭ އިނާޔަތާ ހަމައިން ނަޝީދަށް ތަރައްގީ ނިމެއެވެ. އާސަންދައާއި ހަމައިން ނަޝީދަށް ތަރައްގީ ނިމެއެވެ. އެކަނިވެރި މައިންގެ އިނާޔަތުން ނަޝީދަށް ތަރައްގީ ނިމެއެވެ.

    ނަޝީދު ވިދާޅުވާ ގޮތުން ތަރައްގީއަކީ ރައްޔިތުމީހާގެ ޖީބަށް ވަންނަ ފައިސާއެވެ. ރަށްރަށަށް ރައްކާތެރިކަމާ ފަސޭހަ ކަމާއެކު ލަފާ ނުފުރެންޏާ ލޯކަލް ޓޫރިޒަމުން ރައްޔިތުމީހާގެ ޖީބަށް ވަންނާނީ ކޮން ފައިސާއެއް ހެއްޔެވެ. އެއްތަނުން އަނެއްތަނަށް ހެޔޮ އަގުގައި އަވަހަށް ދަތުރު ކުރެވެންނެތި ބަލިމީހައަށް އާސަންދައިގެ އުފަލެއް ނޯވެއެވެ. ރަށުގައި އުފައްދާ ތަކެތި ރަށު ތޮށިން ބޭރުކޮށް އެއްތަނުން އަނެއްތަނަށް ނަގުލު ކުރެވެނީ ބަނދަރުތައް ހެދިގެން ހުރިހާ ރަށަކަށް އަރާ ފޭބޭނެ ގޮތް ވެގެންނެވެ.

    ރައްޔިތު މީހާގެ ޖީބަށް ފައިސާ ވައްދަން ބޭނުންވާނަމަ ރަށްރަށުގެ ކަރަންޓް ވިއުގަ ރަނގަޅުކޮށް އުފެއްދުންތެރި ކަންކަމަށް އެކަށީގެންވާ ހަކަތަ ރައްކާތެރި ކަމާއެކު ލިބިދޭން ޖެހެއެވެ. ރައްޔިތުމީހާ ލޯކަލް ޓޫރިޒަމްގައި ވިއްކަން ކޮޓަރި ހަދައިގެން ހުރުމުން ޖީބަށް ރުފިޔާ ވަދޭ ހެއްޔެވެ. ކޮޓަރީގައި ހުންނަ ފަތުރުވެރިޔާ ނަޖިސް ފެނުން ފެންވަރަން ޖެހި ނުސާފު ފެން ބޯންޖެހި އިރުއިރު ކޮޅުން ކަރަންޓް ކެނޑި އައިވީއެއް ދޭހެން ކަރަންޓް ލިބޭ ތަނަކަށް ވަންނާނީ ކާކުހެއްޔެވެ. ރައީސް ސާލިހު ރަށްރަށުގައި ކުރައްވަމުން އެ ގެންދަވަނީ ރައްޔިތުމީހާގެ ޖީބަށް ހަގީގަތުގައި ފައިސާ ވަންނާނެ ގޮތް ހައްދަވާ ދެއްވުމުގެ މަސައްކަތެވެ. ފުރިހަމަކޮށް ދެއްވަމުން އެދަނީ ލާމެހިފައިވާ ޖަޒީރާ ރާއްޖޭގެ ތަސައްވުރެވެ.      

    ރަށްރަށުގައި ލަފާފުރޭނެ ގޮތް ވުމަކީ ނަޝީދުގެ ކުރިފުޅުމަތީގައި އަގެއް ހުރިކަމަކަށް ނުވެއެވެ. ރަށްރަށުގައި ނަޖިސް ފެންބޮއެ  ނަޖިސްފެނުން ފެންވެރުމަކީ ނަޝީދަށް ކަންބޮޑުވެ ވަޑައި ގަންނަވާ ކަމަކަށް ނުވެއެވެ. ބައުވެ ހަސްނެތި ފެން ތަގައްރުވެ ވައިނުސާފު ކުރާ އިންޖީނުގެތަކުން ރަށްރަށުގައި އުޅޭ މީހުން ސަލާމަތް ކުރުމަކީ ތިމާވެށީގެ ޗެންޕިއަން ނަޝީދަށް ކަމުދާ ކަމަކަށް ނުވިއެވެ. ރަށްތައް ގިރުމުން ސަލާމަތްކޮށްދީ ރަށްރަށް ވެލިން މުއްސަދިކޮށްދޭން ކުރެވޭ މަސައްކަތަކީ ނަޝީދުގެ ކުރިފުޅުމަތީގައި އިސްރާފެވެ.

    ހިލޭ ޑިގްރީއަށް އެތައް ހާސް ކުދިން ރާއްޖެއާއި ރާއްޖޭން ބޭރުން ކިޔެވުމަކީ ރައީސް ނަޝީދަށް ގަބޫލު ކުރެއްވޭ ކަމެއް ނޫނެވެ. ސްޓޭޑިއަމްތަކާ ކުޅިވަރު ދަނޑުތަކާ ކޯޓުތައް ރަށްރަށުގައި އަޅާ ރަށްރަށުގައި އުޅޭ ކުދިން ޖިމްތަކަށް ގޮސް ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ވާން ނަޝީދު ބޭނުންފުޅެއް ނުވެއެވެ.

    މި ހުރިހާ ކަމަކުން ލާވަށާޖެހޭ ހަގީގަތަކީ ބޭފުޅިޒަމްގެ އަސަރު ފިލާ ނުދާކަމެވެ. ސިންގާ ސަނާޔާ ބީރައްޓެހިންނާ ހަމަ ނޫން ކަމެވެ. އަދިވެސް ރަށްފުށު ގަބުޅި ކަތީބުން ތިބެންޖެހޭނީ ގަނޑުވަރުގެ ތިރިގޮނޑީގައި ކަމެވެ.

    ]]>
    Sat, 14 Jan 2023 10:08:13 +0500 ހީރަސް
    ޔާމީނު ނެތް ތަނުގައި ޕީޕީއެމަށް ލަފާދޭ މުޝީރަކީ އަންނި! https://heerasnews.com/908 https://heerasnews.com/908 މިވެރިކަން ފެށުނީއްސުރެ އަންނި ކުރީ ދެވަނަ ދެކަމެއް ނޫނެވެ. އެމްޑީޕީ ފޭލިކޮށްލަން ކުރެވެން އޮތް ކަމެއް ކުރުމެވެ. އެމްޑީޕީ އިސްވެ އޮވެ އުފެއްދި ވެރިކަން ކުރާ ކޯލިޝަން ރޫޅާލުމަށް މަރުފަލިޖެހިއެވެ. މަޖިލީހުގެ މެޖޯރިޓީ ނުހަމަ ގޮތުގައި ބޭނުންކޮށްގެން ސަރުކާރު ޕެރެލައިޒް ކޮށްލަން މަސައްކަތް ކުރިއެވެ. ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި ކޮރަޕްޝަނުގެ ފަނި ސަރުކާރުގެ ތެރޭގައި އެޅުވިއެވެ. ކަންކަން ގޯހުން ގޯހަށް ދުއްވާލާ ގޯސްކުރި ކަންކަމުގެ ވާހަކަ އާއްމުކޮށް ދައްކާ ރައްޔިތުންގެ އިތުބާރު ކަނޑުވާލަން ހައުދަހައި ޗަރުކޭހެއް ކުޅުނެވެ.

    ލޯކަލް ކައުންސިލް އިންތިހާބުގައި މަޖިލިސް ލައިވް ކޮށްގެން ތިބެ މި ބައިމީހުން ރެޔާ ދުވާލު ކުރި އެންޓި ކެމްޕޭނުގައި މާލެ ސިޓީ އެމްޑީޕީއަށް ގެއްލުވާލާ އައްޑޫސިޓީ ކައުންސިލް އޮތީ ގަޑު ބަޑު ކޮށްފައެވެ. ދެން މިނުކުތީ ރިޔާސީ އިންތިހާބު ހަލާކު ކުރާށެވެ. 

    އަންނިގެ ބޮލަށް ރޮޒޭނާ، އެއް ކިހިއްޔަށް ތަސްމީނު، އަނެއް އުކުޅަށް ނާޝިޒު،  ދެން  އޮތް ތަނަކަށް ޝާހިދާއި އަލީ އާޒިމް ލައިގެން ގެނެސް  އެމްޑީޕީ ސްޓޭޖަށް އެރުވި ދުވަހު އެވަރުގެ އެމްޑީޕީ ބަޔަކު ނެތެވެ. އަންނިއާއި ފެއަށް ޖެހޭ އިރަށް އެޖެހޭ މީހާ އެއީ އެވެނި މިވެނި މީހާއަށް އެބަ ހަދައެވެ. އަލީ ވަހީދެއް އަލްހާނެއް، ހައަނގަ ޖަމީލެއް ގާސިމެއް މައުމޫނެއް ކިޔާނެ ކަމެއް ނެތެވެ. އަންނި ބޭނުންވީމާ ޝައިތޯނާ އާ ވެސް ކޯލިޝަން ހަދަންވީ އވެ.  

    މިހާރު ނިކަން ދެކިބަލާށެވެ. ޔާމީނުގެ ވަފާތެރި ގާތް މީހުންނާ ނޫސްތަކުން އަންނި ޕްރޮމޯޓް ކުރަނީ އެމްޑީޕީ މީހުން ވެސް ނުކުރާ ވަރަށެވެ. މަޖިލިސް ތެރޭގައި ވެސް ނައިފަރު ސިޔާމާއި ފިނިފެންމާ ސައީދާއި ދަތްދޮޅި އާދަނާއި އަންނި ދައްކަނީ އަމަށަކު ފުއްކުދި ވާހަކަ ތަކެއް ނޫނެވެ. އެ ވާހަކަ ތަކުގެ މެދުތެރޭން ކުއްލި އަަކަށް ފެނުނީ 2 އަކުރު އޮޅިގެން ސުޕްރީމް ކޯޓުން ޔާމީނު ދޫކޮށްލި ތަނެވެ. ޕީޕީއެމް މީހުން އަންނި ދެކެ މިހާރު އެހާ ރުޅިއެއް ނާދެއެވެ. ޔާމީނު ނެތް ތަނުގައި ޕީޕީއެމަށް ލަފާދޭ މުޝީރަކީ މިހާރު އަންނިއަށްވުން ވަރަށް ގާތެވެ. 

    އެނގޭ ހެއްޔެވެ. ރެޑްވޭވް ސަލީމާއި ގައްސާނު މައުމޫނާއި ދަތްދޮޅި އާދަނާ އިންތިއާއި ހަސަންކޮމެން އިހަށް ރެއަކު އަންނިއާއެކު އެކުރީކީ އަމަށަކު ސައްލާއެއް ނޫނެވެ. މި ހުރިހާ ކަމެއްގައި އަތްޖަހާ ފޯރިދޭން އަމިއްލަ ސިކުނޑި ގޭގައި ބާއްވައިގެން ނުކުމެ އުޅޭ މީހުން އެބަފެނެއެވެ. 

    ]]>
    Fri, 13 Jan 2023 16:33:40 +0500 ހީރަސް
    ޕާޓީއަށް ވަފާތެރި ގިނަ ބަޔަކަށް ވަޒީފާ ލިބުނަނުދީ އަންނި https://heerasnews.com/907 https://heerasnews.com/907 ތިމާމެން މިތިބީ ދައުލަތުގެ މުސާރަ ނަގައިގެން އެތައް އަހަރެއް ވަންދެން ޖަމާކޮށްލަ ކޮށްލައެވެ. އުޅެނީ އަމިއްލަ ޕާޓީ ހަދައިގެން އެނޫން އެއްޗެއް ދުނިޔެ މަތީގައި ނެތް ކަމަށް ހަދައިގެންނެވެ. އަބަދާ އަބަދު އުޅެނީ އަމިއްލަ ޕާޓީއާއި އަމިއްލަ ލީޑަރުގެ ފަހަތުގައެވެ. ދެންތިބި ޕާޓީތަކާ ދިވެހިންނަކީ ނެތް އެއްޗެކެވެ، ތިމާއާއި ތިމާގެ ލީޑަރ ނުރުހޭ އެންމެންނަކީ ޑިމޮކްރަސީގެ ނަރަކަވަންތަ ވެރިންނެވެ. ހައްގުތަކަށް ކާފިރުވީ މީހުންނެވެ. ބޯކަނޑަން ޖެހިފައި ތިބި ޑިމޮކްރަސީގެ ތޯގޫތުންނެވެ. އެއިރެއްގައި ތިމާ އުޅޭ ކޮންމެ ގޮތަކީ ހުއްދަ، ހަލާލް ގޮތެވެ. ރުހޭ މީހާއަށް ވަޒީފާދީ އެދޭ މީހާއަށް ފަޅުރަށް ލިބުނީމާ އެއީ ލިބޭ ގަނީމާ މުދަލެވެ. އެކަމަކު ހައްދު ފަހަނަ އެޅި ހަރުކަށި ފިކުރަށް ވަނީ އެއްބައެކެވެ. 

    ހައްދަކީ ވަކި ކޮޅަކަށް ފަހަނަ އަޅާ އެއްޗެއް ނޫނެވެ. ތިމާމެން ބަލަން ބޭނުން މަންޒަރަކާ އަހަން ބޭނުން އަޑެއް އެކަނި އަހަންޏާ އެތިބީ ހައްދު ފަހަނަ އެޅި ހަރުކަށި ފިކުރުގައެވެ. 

    ރައީސް އޮފީހުގެ މިނިސްޓަރ ސިއްޕެއަށް ގައިމު ނުފޫޒަކާ ނާޖާއިޒު ބާރެއް ހިންގެން އޮންނާނެތާއެވެ. މިނިސްޓަރުންނާއި ނައިބުންނާއި ކުންފުނި ތަކުގެ ޗެއަރމަނުންނާއި އެމްޑީންނާއި އެތައް ސިޔާސީ މަގާމުގައި ތިބި މީހުން ހޭބޯ ނާރާ އަންނި ފަހަތުން ދުވާއިރު އެތަނެއް ނުފެނެއެވެ. އެއަޑެއް ނީވެއެވެ. 

    ސިއްޕެއަށް ރައީސް އޮފީހުގެ ވަޒީރުކަން ދޭން ބާރު އެޅީ އަންނިއެވެ. އަންނި ބުނީ ޕެޕަރސްޕްރޭ ޖެހުނު މީހުންނަށް ވަޒީފާ ދޭން ނުޖެހޭ ކަމަށެވެ. ޕާޓީއަށް އިހުލާސްތެރި އެތަކެއް މެންބަރުންނަށް ވަޒީފާ ލިބުނަ ނުދީ އެކަމަށް ހުރަސްއެޅީ ސީދާ އަންނިއެވެ. ރައީސް އޮފިހުގައި ރައީސް އައްޔަނު ކުރައްވާ ސިޔާސީ މީހުން އައްޔަނުކޮށް ވަކި ކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ މިދާކަށް ދުވަހާ ޖެހެންދެން ސިއްޕެއެވެ. އެމްޑީޕީގެ މެންބަރުންނަށް މަގާމުދިނުމުގައި ފަހުބަސް ބުނަމުން އައީ ޕާޓީގެ ރައީސާ ނައިބު ރައީސެވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތައް އެމްޑީޕީ މީހުނަށް ލިބިފައިހުރީ އަންނި ބޭނުންވި ގޮތަށް އަންނި ބޭނުން ބަޔަކަށެވެ.

    މީސްމީހުނަށް ވަޒީފާތައް ދިނުމަށް ހުށަހެޅުމުގައި ވެސް އަންނި ގެންގުޅުނު ސިޔާސަތަކީ ސަރުކާރު ދެކެ މީހުން ރުޅިއެރުވުމެވެ. ރައީސް ސާލިހު އަންނި ކުރެއްވި އިތުބަރާއި އޮތް ގަތްކަމުގެ ނާޖާއިޒު ފައިދާ ނެގުމެވެ. ހަމަ ތެދެކެވެ. އެ މަގާމުގައި ސިއްޕެ ހުރެގެން މި 4 އަހަރު ކުރި ކަމަކީ އެމްޑީޕީ މީހުން ރުޅިއެރުވުމެވެ. މިއަދު މިސާފުވަނީ ސިއްޕެ އެ މަގާމަށް ފޮނުވައިގެން އެކަން އެހެން ކުރީ މި ދުވަސް ގެންނަން އަންނި ބުނެގެން ކަމެވެ. 

    ]]>
    Fri, 13 Jan 2023 16:06:53 +0500 ހީރަސް
    ވާދަވެރި އިދިކޮޅަށް ވުރެ ނަޝީދުގެ ދެކޮޅުވެރިކަން މާބޮޑު https://heerasnews.com/906 https://heerasnews.com/906 ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ ގޮނޑީގައި ރައީސް ނަޝީދަށް އިންނެވެނީ ބަޔަކު ބައިންދަވާތީކަން ރައީސް ނަޝީދަށް އޮޅިވަޑައިގަތުމަކުން ހައިރާނެއް ނުވެއެވެ. ރައީސް ނަޝީދު ރައްޔިތުންގެ ތެރެއަށް ނިކުންނަވާ ގަދަބަސް ވިދާޅުވެވެނީ މި ވަގުތު އެމްޑީޕީގެ ރައީސް ކަމަށް ވާތީ އެ މަގާމަށް އޮތް އިހުތިރާމެއްގެ ސަބަބުންކަން އެނގިވަޑައިނުގަތުމަކީ އަޖައިބެއް ނޫނެވެ.

    އެމްޑީޕީ ޑިމޮކްރަސީއާ ދުރަށް ދާ ވާހަކަ ރައީސް ނަޝީދު ދެއްކެވީމާ އަންނަނީ ހަރުހަރުން ނިކުމެގެން ހިންޏެވެ. ކުރިޔާ ހިލާފަށް އެމްޑީޕީގެ ކަންކަން ނިންމަނީ މެޖޯރީޓީއަށެވެ. ވަކި އެކަކު ބޭނުންވާ ގޮތަކަށް ނޫނެވެ. ޕާލަމެންޓްރީ ގްރޫޕްގެ ކަންކަން ނިންމަނީ ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީއަށެވެ. އިދާރީ ކޮންމެ ކަމެއްގައި އަމަލު ކުރެވެނީ ގައުމީ މަޖިލީހުން ނީންމާ ގޮތެއްގެ މައްޗަށެވެ. އިންތިހާބުތައް ބޭއްވެނީ އަސާސީ ގަވައިދާ އެއްގޮތަށެވެ. ޑިމޮރަސީއަކީ އެނޫން ކޮން އެއްޗެއް ހެއްޔެވެ. ރައީސް ނަޝީދު ހޮއްވަވަން ބޭނުންފުޅުވި ޗެއަރޕާސަން ނުހޮވީ ޑިމޮކްރެޓިކް ހަމައިން އާއްމު މެންބަރުންނެވެ. ޕީޖީގްރޫޕާއި ގައުމީ މަޖިލީހުގައި ރައީސް ނަޝީދު ބޭނުންފުޅު ވާހާކަމެއް ބޭނުންފުޅު ގޮތަކަށް ނުނިމެނީ ރައީސް ނަޝީދު މެޖޯރިޓީއާއި ދެކޮޅަށް މަސައްކަތްޕުޅު ކުރައްވާތީއެވެ. ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ކާމިޔާބުވެ ވަޑައިނުގެންފިއްޔާ އުޅުއްވާނެ ހުތުރު ވައްތަރު މިހަރުވެސް ހިތައް ގެނެވެއެވެ. ބަލި ގަބޫލެއް ނުކުރައްވާނެއެވެ. އުފައްދަވާނީ ފިތުނައެވެ.

    އެމްޑިޕީގެ އަސާސީ ގަވައިދުގައި ސިޓިންގ ޕްރެޒިޑެންޓަށް ދެވަނަ ދައުރަކަށް ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދެވެން އޮތް އިރުވެސް އެމްޑީޕީ އިސްކުރީ އެންމެ ޑިމޮރެޓިކް ގޮތެވެ. ރައީސް ސާލިހު ވެސް ބޭނުންފުޅުވެ ވަޑައިގަތީ އެގޮތެވެ. މި ހާލަތުގައި ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ނަމަ ޕްރައިމަރީއަކަށް ވަޑައިނުގެން އިސްކަން ދެއްވީހީ އަސާސީ ގަވައިދުން ލިބެދޭ ވާދަ ނުކުރެއްވުމުގެ ފުރުސަތަށް ކަމާމެދަކު ޝައްކެއްނެތެވެ. 

    ރައީސް ނަޝީދެއް ކަމަކު ޖެހިވަޑައިގަންނަވާނީ މެޖޯރިޓީއަށް ތަބާވެ ވަޑައިގަންނަވާށެވެ. މެޖޯރިޓީ ރައީސް ނަޝީދަށް ތަބާވަކަށް ނުޖެހެއެވެ. އަމިއްލަފުޅު ޖާހާ ހައިބަތު ރައްޔިތުންގެ ކުރިމަތީ ވައްޓަވާލައްވަނީ އަމިއްލަފުޅަށެވެ. ޕާޓީގެ ރައީސްކަމުގައި ހުންނަވާ ޕާޓީގެ މެޖޯރިޓީ ވިސްނުމަށް ތާއީދު ނުކުރައްވަނީ ވެސް ރައީސް ނަޝީދެވެ. ޑިމޮކްރަސީއަކީ ރައީސް ނަޝީދެއް ނޫނެވެ. އެމްޑީޕީގެ އުސޫލުތައް މުގުރާލެއްވުމުގައި ޕީޕީއެމާ ބައިއަތު ހިއްޕަވައިގެން އަވަދި ނެތި މިހާރު ވެސް އުޅުއްވަނީ ރައީސް ނަޝީދެވެ.

    ރައީސް ނަޝީދު ބަގާވަތުގެ ވާހަކަ ދައްކަވާއިރު އަމިއްލަފުޅު ލީޑަރޝިޕް އޮތް ޕާޓީ އިސްވެ އޮވެ ހިންގާ ސަރުކާރު ވައްޓާލަން ރައީސް ނަޝީދު ނުކުރައްވަނީ ކީއްހެއްޔެވެ. 2018 ގައި އުފެދުނު ސަރުކާރުގައި ވަޒީރުކަން ކުރައްވާ އެމްޑީޕީއަށް ނިސްބަތްވެ ވަޑައި ގަންނަވާ ހުރިހާ ވަޒީރުންނަކީ ރައީސް ނަޝީދު އެންޑޯސް ކުރައްވާފައި ތިއްބެވި ބޭފުޅުންނެވެ. ފައްޔާޒެއް ޝާހިދެއް މާރިއާއެއް އަމީރެއް އަސްލަމެއް އައިޝްތެއް ކިޔާނެ ކަމެއް ނެތެވެ. މިހާރަކު އެއިން އެއްވެސް ބޭފުޅަކީ ރައީސް ނަޝީދަށް ކަމުދާ ބޭފުޅުންނަކަށް ވެވަޑައެއް ނުގަންނަވައެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެއިގެން ބައެއް ވަޒީރުން މަގާމުން ދުރު ކުރައްވަން ވެސް ލައްކަ ސަކަރާތް ޖެއްސެވިއެވެ. އެފަދ ކޮންމެ ކަމެއްވެސް ގޮއްވާލެއްވި އަމިއްލަ އަތްޕުޅަށެވެ.

    ސްޓޭޓް މިނިސްޓަރުންނާއި އެނޫން ވެސް ހުރިހާ ސިޔާސީ ޕޯސްޓަކަށް ބޭފުޅުން އައްޔަނު ކުރެއްވީ ވެސް ރައީސް ނަޝީދު އެދިވަޑައިގެން ހުށަހަޅުއްވާ ރުހުން ދެއްވި ގޮތަށެވެ. އެ ބޭފުޅުން މަގާމް ތަކަށް އިސްކުރެއްވީ ރައްޔިތުންނަށް ހިދުމަތްކޮށް ހެޔޮވެރިކަމެއް ހިންގާށެވެ. ރައީސް ނަޝީދު ވިދާޅުވާހާ ގޮތަކަށް ކަންކަން ކުރާކަށް ނޫނެވެ. އެމްޑީޕީގެ ސްލޮޓެއްގައި ވަޒީފާ ލިބުމަކީ ރައީސް ނަޝީދުގެ އަޅުންނަށް ވާންޖެހޭ ކަމެއް ނޫނެވެ. އެހެނެއް ކަމަކު އެއިގެތެރެއިން ބައެއް ބޭފުޅުން ބޭނުން ކުރައްވައިގެން ސަރުކާރު ހިންގަން ދަތިކުރައްވާ ސަރުކާރާއި ރައްޔިތުންނާ ޖެއްސުމަށް ކަންކަން ރައީސް ނަޝީދު ލަސްކޮށް ފަސް ކުރުވިއެވެ.

    ރައީސް ސާލިހަށް ވާދަވެރި އިދިކޮޅަށް ވުރެ ރައީސް ނަޝީދުގެ ދެކޮޅުވެރި ކަމުން އުދަގޫތައް ކުރިމަތިވެ ވަޑައިގަތެވެ. އެހެނަސް ރައީސް ސާލިހު ކެތްތެރިކަމާއެކު ރައީސް ނަޝީދުގެ ބައިވެރިވެ ވަޑައިގަތުން ހޯއްދެވުމަށް ގިނަގުނަ މަސައްކަތްޕުޅުތައް ކުރެއްވިއެވެ. އިހުތިރާމާއެކު ހައްގު މަގާމް ދެއްވިއެވެ. އިދިކޮޅަށް ޗުއްޕުވެސް ވިދާޅެއް ނުވެއެވެ. އިސްކުރެއްވީ ޑިމޮކްރެޓިކް ތަފާތު ހިޔާލަށް އިހުތިރާން ކުރެއްވުމުގެ ސިފައެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިކުރެއްވެން އޮވެމެ އިސްކުރެއްވީ މަސްލަހަތެވެ.

    ހަމަތެދެކެވެ. ރައީސް ނަޝީދު ވިދާޅުވާއިރަށް ރައީސް ނަޝީދަށް ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ދައުލަތުގެ ނިޒާމް ބަދަލު ކުރައްވަން ނޫޅުއްވުމުން ނަޝީދުގެ ހިތްޕުޅުގައި އޮތް ހަސަަދައިގެ ހުޅުފަޅައިގެން ދިޔައީއެވެ. ރައީސް ނަޝީދު އެ ވިދާޅުވާ ޑިމޮރަސީއާއި ބީރައްޓެހި ސިފައަކީ ވެރިކަމުގެ ނިޒާމް ބަދަލު ކުރައްވަން ރައީސް ސާލިހު ނޫޅުއްވުމެވެ. އެމްޑީޕީވެސް ނިޒާމު ބަދަލު ކުރަން ބޭނުން ނުވާކަން އެންމެ ފަހުން އޮތް ކޮންގްރެހުން ސާފުވިއެވެ. ގިނަ މީހުނަށް އެ ގޮތް ނުފެނުމުން ގިނަ މީހުންނަށް ނުފެންނަ ގޮތް އެއީ ޑިމޮކްރަސީ ކަމަށް ވަންޏާ ޑިމޮކްރަސީއަކީ އެންމެ މީހެއްގެ ގޮތެވެ. އެ މީހަކީ ރައީސް ނަޝީދެވެ.

    ]]>
    Fri, 13 Jan 2023 13:54:02 +0500 ހީރަސް
    ކޯޓުގައި ނެތް މައްސަލައެއްގެ ވަކީލުންނެއް ނުތިބޭނެ https://heerasnews.com/903 https://heerasnews.com/903 ޝަރީއަތުން ބަލާ މައްސަލައެއްގެ ހުކުމް އިއްވާ ހުލާސާ ބަޔާން ހަސްމުންނަށް ހަވާލު ކުރުމުން އެމައްސަލައެއް އެ ނިމުނީއެވެ. ތަފްސީލީ ބަޔާން ހޯދުމަކީ މައްސަލައިގައި ހިމެނޭ ހަސްމެއްގެ ކަމެކެވެ. އެ ހަސްމަކަށް ތަފްސީލީ ބަޔާން ހޯދަން ކޯޓަށް ހާޒިރުވެވެން ނެތް ހާލަތެއްގައި އެކަން ކުރުމަށް ބަދަލުގައި މީހަކު ހަމަޖައްސާ އެކަމާ ގުޅިގެން އޮންނަ އިޖުރާތާއި އެއްގޮތަށް އެ ހަސްމަކު އެދުމުން ތަފްސީލީ ބަޔާން ކޯޓުން ދޫކުރާނެއެވެ.

    މައްސަލައެއް ކޯޓުގައި ހިނގަމުން ދިޔައިރު ދިފާއީ ވަކީލުން ގޮތުގައި ހަސްމަކު ހަމަޖައްސާފައި ތިބޭ ވަކީލުންގެ ދައުރު ހުކުމްކޮށް ހުލާސާ ބަޔާން ހަވާލުކުރާ ހިސާބުން ނިމޭނެއެވެ. ކޯޓުގައި ނެތް މައްސަލައެއްގެ ދިފާއީ ވަކީލުންނެއް ވެސް ނުތިބޭނެ ނޫން ހެއްޔެވެ. އެހެން ނޫނަސް މައްސަލަ ހިނގަމުން ދިޔައިރު ދީފާއީ ވަކީލުންގެ ގޮތުގައި ތިބި މީހުން އެ މައްސަލައާއި ގުޅުން ހުރިކަމެއްގައި އިތުރަށް ބޭނުން ކުރަން މައްސަލައިގެ ހަސްމު ބޭނުން ވާކަން ނުވަތަ ނުވާކަން ކޯޓަށް އެނގެނީ ކިހިނެއްހެއްޔެވެ. މައްސަލައިގެ ހަސްމު އެ ވަކީލުންނަށް ހުލާސާ ރިޕޯޓު ހިއްސާ ކުރަން ބޭނުން ނުވެވެސް ދާނެއެވެ. އެކަމަށް އަލުން އެދި ހަސްމު ނުބުނަނީސް އިރެއްގައި ދިފައީ ވަކީލަކަށް އުޅުނީތީ އެ މީހަކަށް ހަސްމެއްގެ ޒާތީ ލިޔުމެއް ދޫކޮށްގެން ކޮންމެ ފަދަ ނުބައެއް ވެސް އުފެދި ދާނެއެވެ. ހަސްމު އެކަމަށް ނޭދެނީސް ނިމިފައިއޮތް މައްސަލައެއްގެ ރިޕޯޓް ދޫކޮށްގެން އުފެދިދާނެ މައްސަލައެއްގެ ޒިންމާ ކޯޓުން ނަގާކަށް ނުޖެހެއެވެ.

    ރައީސް ޔާމިނެއް ކަމަކު އެކަންވާނީ އެހެނެވެ. ރައީސް ޔާމީނުގެ މައްޗަށް އުފުލުނު މައްސަލަ ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓް ރައީސް ޔާމީނު އެކަމަށް އެދިވަޑައިނުގަންނަވަނީސް ކޯޓަކުން ބަޔާނެއް ދުލެއް ނުކުރާނެއެވެ. ކުރެވިގެންވެސް ނުވާނެއެވެ. ދަރިއަކަށް އަންބަކަށްވެސް އެފަދަ ލިޔުމެއް ކޯޓުން ދޫކުރާނީ އެކަމަށް އެދި އެލިޔުމެއްގެ ހައްގު އޮތްފަރާތުން އެހެން ފަރާތަކަށް އެލިޔުމެއް ދޫކޮށްދޭން އެދިގެންނެވެ.

    މީހަކު ނިސްބަތްވާ ރަށަކުން އާއިލައަކުން ޕާޓީއަކުން އެދުނަސް މައްސަލައެއްގެ ތަފްސީލީ ރިޕޯޓެއް ކޯޓަކުން ދުލެއް ނުކުރާނެއެވެ. ދަށު ކޯޓުން ކުރި ހުކުމާ ހިތްޕުޅާ ނުވެގެން އިސްތިއުނާފް ކުރައްވަން ރައީސް ޔާމިނު އައްޔަނު ކުރައްވާނެ ވަކީލުންނަކީ ދަށު ކޯޓުގައި ދިފާއީ ވަކީލުކަން ކުރެއްވި ބޭފުޅުންނަށް ވެސް ނުވެދާނެ ނޫން ހެއްޔެވެ. އެނގޭ ކަމަކީ މައްސަލައެއްގެ ހުކުން އިއްވުމަށް ފަހު އެ މައްސަލައެއްގެ ވަކީލުން ނުތިބޭނެކަމެވެ. މަތިހަށި ނަގާފައި ބަޔަކު ކޯޓަށް ގޮސް ތިމަންނަމެންމީ ދިފާއީ ވަކީލުންނޭ ބުންޏަސް އެކަމެއް ކޯޓަކަށް ނޭގޭނެއެވެ.

    ނިމިފައިވާ މައްސަލައެއްގެ ލިޔުމެއް ހޯދަން ބޭނުންވާ މީހާ އެކަން ވަކި މީހަކާ ހަވަލުކުރިކަން އަންގާ އިޖުރާއީ ހަމަތަކުން އެ ކަމަށް އެދިގެން ނޫނީ ޝަރުއީ ލިޔެ ކިޔުމަކީ މީހަކު ބޭނުން ވެގެން ދާއިރަށް ލިބޭ އެއްޗެއް ނޫނެވެ. މީހަކު ގޮސް ހަމަ ބުނެލާ އިރަށް ތިމާއާއި ގުޅުމެއް ނެތް މައްސަލަތަކާ ބެހޭ ލިޔުންތައް ލިބެންޏާ އަދުރޭގެ ޓިނު މައްސަލައިގެ ތަފްސީލް ބުނެލާ އިރަށް މިހާރު ވެސް މަށަށް ލިބޭނެތާއެވެ.

    ]]>
    Thu, 12 Jan 2023 16:39:13 +0500 ހީރަސް
    ރައީސް ނަޝީދު ހުންނެވީ އެކްސްޕަޔަރވެފަ! https://heerasnews.com/902 https://heerasnews.com/902 އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅަކަށް ޖެހިގެން އަންނަ ދައުރުގެ ޓިކެޓް ޕްރައިމަރީ އަކާނުލާ ދިނުމަށް އެމްޑީޕީގެ އަސާސީގަވައިދުގައި އޮވެއެވެ. ޕާޓީ ޓިކެޓްގައި ހޮވި ވަޑައިގެންފައި ވަނިކޮށް ދެވަނަ ދައުރަކަށް ވާދަކުރެއް ވުމަށް ފްރީ ޓިކެޓް ލިބިވަޑައިގެން ވާދަ ކުރައްވާ ރިޔާސީ އިންތިހާބުން ބަލިވެ ވަޑައިގަންނަވާ ބޭފުޅަކަށް ރިޔާސީ އިންތިހާބުގައި އިތުރަށް ވާދަ ކުރެއްވުމުގެ ފުރުސަތެއް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ނޯވެއެވެ.

    2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދު ކާމިޔާބު ކުރައްވަފައި ވާތީ 2013 ގެ ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް އެމްޑީޕީން އެރުވީ ޕްރައިމަރީއަކަ ނުލައެވެ. ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށެވެ. އެހެނަސް 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދު ވެވަޑައިގަތީ ބައްޔެވެ. އެހެން ދިމާވުމުން ޑިމޮކްރެޓިކް އުސޫލުން ކަން ހިނގާ ނަމަ ރައީސް ނަޝީދު އެ ހިސާބުން އެ ހުންނެވީ އެކްސްޕަޔަރ ވެފައެވެ. އެހެނަސް ނަމަވެސް ރައިސް ނަޝީދާ ޖެހުމުން އެމްޑީޕީގެ ޑިމޮކްރެޓިކް އުސޫލުތަކާއި ދުނިޔޭގެ ރީތި ހަމަތައް ނަޝީދަށްޓަކައި ފުނޑާލިއެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ޝަރުތު ހަމަ ނޫނަސް އެހެން މީހަކު ވާދަ ނުކުރާ ފެންނުހިފޭ ޕްރައިމަރީއެއް ބާއްވާ ޕާޓީގެ ރައީސް ނަޝީދަށް ރިޔާސީ ޓިކެޓް ހޯއްދެވިއެވެ. 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްކޮށް އޮއްވައެވެ.

    ގާނޫނީ ގޮތުން ވާދަ ކުރެއްވޭން އޮތް މަގު ނަޝީދަށް ބަންދުވެ ރިޔާސީ އިންތިހަބުގެ ކުރީން މިނިވަންވެ ވަޑައި ނުގަންނަވާނެ ކަން ކަށަވަރުވެ އިންތިހާބުގެ ދުވަސް ކުޑަތަން ވުމުން އެމްޑީޕީއަށް މަޖުބޫރުވީ ރިޔާސީ ޓިކެޓް އެހެން ބޭފުޅަކަށް ފޮރޮޅާލާށެވެ. އެއީ ފަހަރެއްގައިވެސް ނަޝީދު ހެޔޮފުޅުކަމުން ކޮށްދެއްވި ކަމެއް ނޫނެވެ. އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލޭތީ ކުރަން ޖެހުނު ކަމެކެވެ.

    އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްގައި ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާ ބަލިވެ ވަޑައިގަންނަވާ ބޭފުޅުންނަކީ ދެވަނަ ފަހަރަށް ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންނެއް ނޫނެވެ. އެހެނަސް ނަޝީދާ ޖެހުމުން ޑިމޮކްރެޓިކް ޕާޓީގެ ޑިމޮކްރެޓިކްކަމާއި އިންޓަނެޝަނަލް ބެސްޓް ޕްރެކްޓި ވެސް ޖެހުނީ އޮޅާލާށެވެ.

    ވީގޮތެއްވެ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުކުރެއްވީ އެމްޑީޕީގެ ޓިކެޓްގައި ނިކުންނެވި ރައިސް ސޯލިހެވެ. އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން ސިޓިންގ ޕްރެޒިޑެންޓަށް ދެވަނަ ދައުރުގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ދޭން ޖެހެއެވެ. އެހެން ނަމަވެސް ރައީސް ސާލިހު ތަބަކުން ޓިކެޓް ބޭނުންފުޅުވެ ވަޑައެއް ނުގަންނަވައެވެ. މިއަދު އެމްޑީޕީގެ ރޫހު ހުރިގޮތަށް ބަލާއިރު ރައީސް ސާލިހު ބޭނުންވެ ވަޑައިގެންނަމަ ޕްރައިމަރީއަކާ ނުލާ އެ މަނިކުފާނަށް ރިޔާސީ ޓިކެޓް ހޯއްދެވުނީހެވެ. ރައީސް ސާލިހު ހިޔާރު ކުރެއްވީ އެގޮތެއް ނޫނެވެ. އެންމެ ޑިމޮކްރެޓިކް ގޮތުގައި ރަނަގަޅު ވާދައެއް ކުރައްވައިގެން ދެވަނަ ދައުރަށް ޓިކެޓް ހޯއްދެވުމަކީ ރައީސް ސޯލިހަށް ވެސް އެމްޑީޕިއަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ. ހެދުނު އެއްޗެއް ހައްދަވައިގެން ޓިކެޓެއް ހޯއްދަވައިގެން އެމްޑީޕީއަށް ވެރިކަން ގެންލޭނެ ގޮތަކަށް މަސައްކަތް ޕުޅު ކުރެއްވުމަކަށް ރައީސް ސާލިހު ބޭނުންފުޅެއް ނޫނެވެ.

    ]]>
    Thu, 12 Jan 2023 12:39:46 +0500 ހީރަސް
    އިބޫއަށް ޓިކެޓް ނުދިންނަމަ އަންނި އޮތީހީ އަދިވެސް ޖަލުގަ! https://heerasnews.com/901 https://heerasnews.com/901 ރައީސް ނަޝީދަކީ މީސް މީހުން ވެރިކަމަށް އަރުވާ ބޭލުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫނެވެ. އެފަދަ ވަކި މީހަކު އަދި މި ރާއްޖެއަކު ނެތެވެ. މީހުން ވެރިކަމަށް އަރުވާ ބޭލުމުގެ ގާބިލުކަން ރައީސް ނަޝީދުގެ ކިބައިގައި ހުންނެވި ނަމަ 2013ގައި ވެރިކަމަށް އަރާވަޑައި ނުގަތީ ކީއްވެ ހެއްޔެވެ. އެއްބުރުން ނުވެގެން ދެވަނަ ބުރުންވެސް ރައީސްކަން ލިބި ވަޑައެއް ނުގަތެވެ. ވެރިކަން ހޯއްދެވީ ރައީސް ޔާމީނެވެ.

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދެއްވީ ވެސް ރައީސް ނަޝީދެއް ނޫނެވެ. އެންމެ ފަހުވަގުތާ ޖެހެން ދެންވެސް އެމްޑީޕީގެ ޓިކެޓް ހިސޯރު ކުރައްވައިގެން ޖަލުން ފިއްލަވާ އަމިއްލަފުޅަށް އަރުވާ ލެއްވިގެން ހުންނެވީ ވެސް އެހެން މީހަކަށް ފުރުސަތު ލިބުނަ ނުދެއްވާށެވެ. ގިނިކަންޏާ ވާދަކުރައްވައިގެން ބާލިދީއާއި ސިމެންތިގަށާ މެޝިނުން ހޯއްދެވި ރިޔާސީ ޓިކެޓްގައި ބަގުޑިބައްދަވައިގެން އުޅުއްވީ އަމިއްލަފުޅަށް ކުރެއްވެންނެތް ވެރިކަމެއް ޕާޓީ އެހެން މީހަކު ކުރިޔަ ނުދެއްވާށެވެ. ރައީސް ނަޝީދު އުޅުއްވީ އެމްޑީޕީން ކެންޑިޑޭޓަކު ނެރުނަ ނުދެއްވާށެވެ.

    ރާއްޖޭގެ ސިޔާސީ މަޝްރަހު އޭރު އޮތްގޮތުން އެމްޑީޕީން ކެންޑިޑޭޓަކު ނެރުމުގެ މުހިންމުކަން ބޮޑުވެ އުކުޅަހު ކޮންގްރެސްގައި ރައީސް ސާލިހަށް ޓިކެޓް ފުރޮޅާލީ ކޮންގްރަސްމަނުން ބޭނުން ވެގެންނެވެ. ފަހަރެއްގައިވެސް ރައީސް ނަޝީދު ބޭނުންފުޅުވެގެނެއް ނޫނެވެ. ރައީސް ނަޝީދު ބޭނުންފުޅު ވިޔަސް ނުވިޔަސް އެމްޑީޕީ 2018ގައި ރައީސް ނަޝީދު ނޫން އެހެން ފަރާތަކަށް ރިޔާސީޓިކެޓް ފުރޮޅާލީހެވެ. ރައީސް ނަޝީދު ޖަލުން މިންޖުވާން ވެސް އޮތް ހަމައެކަނި ގޮތަކީ އެމްޑީޕީ އިސްވެ އޮވެ ކުރާ ވެރިކަމެއް ރާއްޖޭގައި އޮތުމެވެ. އެކަމަށްޓަކާ ގޮތް ހުސްވެ ވަޑައިގެން ދޫދެއްވަން ރައީސް ނަޝީދަށް މަޖުބޫރުވެ ވަޑައިގަތީއެވެ. އެނޫން ގޮތަކަށް ވެރިކަން ފުރޮޅުނު ނަމަ އަދިވެސް ރައީސް ނަޝީދު އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލުގައިކަން ރައީސް ނަޝީދު މިހާރަކު ހަނދުމަފުޅެއް ނެތެވެ.

    ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމުން މިނިވަންވެ ވަޑައިގެން މާލެ ވަޑައިގެން ދިމާ ކުރެއްވީ ރައީސް ސާލިހާއެވެ. އެންމެ ފަހުން އުކުޅަހު ކޮންގްރެސް ވެސް އުކުޅަހު ބަގާވާތުގެ ގޮތުގައި ސިފަކުރެއްވީއެވެ. އެވަރު ބޭފުޅަކު ރައީސް ސާލިހު ވެރިކަމަށް އެރުވީ އެ މަނިކުފާނޭ ވިދާޅުވީމާ އަންނަނީ ހިންޏެވެ.

    ]]>
    Wed, 11 Jan 2023 20:27:29 +0500 ހީރަސް
    ނަޝީދަށް ނެތް ވެރިކަމެއް އެމްޑީޕީއަށް އޮތަކަ ނުދޭނެ https://heerasnews.com/900 https://heerasnews.com/900

    އަށާރަ މަސް ދުވަހު ވެރިކަން ކުރަން ދިވެހި ރައްޔިތުން ދުވަހަކުވެސް ވެރިއަކު ހޮވާފައެއް ނުވެއެވެ. 2018 ގައި އިއްތިހާދު ވެގެން ރައީސް ޔާމީނާ ދެކޮޅަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ގެނައީ 18 މަސް ދުވަހަކަށް ނޫނެވެ. ފަސް އަހަރު ދުވަހަށެވެ. އިއްތިހާދުވި ހުރިހާ ލީޑަރުން 18 މަސް ދުވަހަށް އިއްތިހާދު ވީނަމަ އަށާރަ މަސްވުމުން އެ ވާހަކަ ދެއްކެވީހެވެ. ހޮދު ރައީސް ނަޝީދު ވެސް މީގެ ކުރިއަކުން އެ ވާހަކަ އެހެނެއް ނުދައްކަވައެވެ. ނިޒާމު ބަދަލުކުރާ ވާހަކަ ރައީސް ސާލިހަށް ހުށަހެޅުއްވި އިރުވެސް އަށާރަ މަހެއްގެ ވާހަކައެއް ދައްކަވާފައެއް ނެތެވެ. އެހެން ކަމުން 18 މަސް ދުވަހެއްގެ ވާހަކައަކީ ރައީސް ނަޝީދު އުފައްދަވައިގެން އުޅުއްވާ ހޮޅި ވާހަކައެކެވެ.

    ރައީސް ނަޝީދަކީ އެ ވަގުތަކަށް އެ މަނިކުފާނުގެ ސިޔާސީ ހައިބަތު ފުޅާކުރެއްވުމަށް ހިތުހުރި ވާހަކަފުޅެއް ދައްކަވައިގެން މީހުންގެ ބޯ ދޮއްވަން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެ ފާޑަށް އުޅުއްވުމުގެ ސަބަބުން އިންތިހާ ދަރަޖައަށް އެ މަނިކުފާނުގެ މަގުބޫލުކަން ދަނީ ކުޑަވަމުންނެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވަނިކޮށް ޕާލަމަންޓްރީ ގްރޫޕްގެ ކޮންޓްޓްރޯލު ގެއްލި ވަޑައިގެންފިއެވެ. ގައުމީ މަޖިލިސް ގެއްލި ވަޑައިގެންފިއެވެ. ތާއީދު ކުރައްވާ ހޮއްވަވަން އުޅުއްވި ޗެއަރޕާސަން ކެންޑިޑޭޓް ވެސް ލަދުވެތި ބައްޔަކުން ވީ ބައްޔެވެ. ކޮންގްރެސްގައި ފާޅުގައި ޕާޓީގެ ރައީސާ ދެކޮޅަށް އަޑުއުފުލި ކުރައްވަން އުޅުނު އެއްކަމެއް ނުވެ ވެވަޑައިގަތީ ބާކީއެވެ.

    ނިޒާމީ ވޯޓަކަށް ނުގޮސް ރިޔާސީ ޕްރައިމަރީ ނުބޭއްވޭނެ ކަމަށް ގަދަބަސް ވިދާޅުވެ ދެކޮޅު ހެއްދެވިއެވެ. ނިޒާމީ ވޯޓެއްގެ ވާހަކަ ދެކެވޭނެ ގޮތްނުވެ ރިޔާސީ ޕްރައިމަރީއަށް ނިކުމެ ވަޑައިގެން މަރުފަލި ޖައްސަވަން ފެއްޓެވީއެވެ. ޖަލުގައި ގައިދުކޮށް ނިޒާމުން ފުހެލަން އުޅުނު މީހުން އަމިއްލަޕާޓިގެ މެޖޯރިޓީ ސަރުކާރަށް ވުރެ ރައީސް ނަޝީދަށް ކަމުދެއެވެ.

    2008 ގައި ލިބިވަޑައިގެން ވެރިކަން ވެއްޓި މަގުމަތިވެ ވަޑައިގަތުމުން މުޅި ޕާޓީއާއި އެނޫން ވެސް އެތައް ބައެއްގެ ހަމްދަރުދީ ލިބި ވަޑައިގެން ރައީސް ނަޝީދު މަގުބޫލުކަން އެންމެ މަތިވެގެން ދިޔައީ 2013 ގައެވެ. އެހެނެއް ކަމަކު 2013 ގައި ރައީސް ޔާމީނުގެ މައްޗަށް ދެވަނަބުރުން ވެސް ރައީސް ނަޝީދަށް ކުރިއެއް ނުހޯއްދެވުނެވެ. ބޮޑު ބައްޔަކުން ވެވަޑައިގަތީ ބައްޔެވެ. މިހާރު ރައީސް ޔާމީނަށް ޖެހިވަޑައިގެން ހުންނެވި ހާލުކޮޅު 2018 ގައި ރައީސް ނަޝީދަށް ޖެހިވަޑައިގަތެވެ. ރައީސް ކަމަށް ޝަރުތު ހަމަނުވާ ހާލުކޮޅެއްގައި ހުންނަވަނިކޮށް ހަމައެއް ލަމައެއް ނެތި ޖަޒުބާތުގައި ރިޔާސީ ޓިކެޓް ނަޝީދަށް އެރުވީ ވާދަކުރުމެއް ނެތި ފެންނުހިފޭ ޑަމީ އިންތިހާބަކުންނެވެ. އާހިރުގައި ކުރިމަތި ނުލެއްވި އެކަން ވެސް ދިޔައީ ތޮޅިއަށެވެ.

    ރާއްޖޭގެ ރައީސްކަން ކުރައްވާ އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ލީޑަރު ކަމުގައި ހުންނަވާ އަލަށް އުފަންކުރި ކުރިން ނުއުފަންނަ ކުޑަކުޑަ ދާއިރާއަކުން ލޯ ނުދެކޭ އައު ކުޑަކުޑަ ކުއްޖަކާ މަޖިލީހަށް ވާދަ ކުރައްވައިގެން ހޮވިވަޑައިގަތީ ކިރިޔަ ކިރިޔާއެވެ. އަނެއްކޮޅުން ދެބޯގެރި ދުއްވަވައިގެން މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ސަވާރުވެ ވަޑައިގެންނެވުނަސް ރައީސްކަން ކުރެއްވޭ ވަރުގެ މަގުބޫލު ކަމެއް މިހާރަކު ރައީސް ނަޝިދުގެ ނެތެވެ.

    ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައި ނުގަންނަވަންޏާ އެމްޑީޕީއަށް ވެރިކަން އޮތަ ނުދޭން ކުރައްވާ މަސައްކަތް ރައީސް ނަޝީދު ހުއްޓަވާ ނުލައްވާނަމަ ހުތުރު ނިމުމަކުން އެމްޑީޕީއާއި ރައީސް ނަޝީދު ނިމިދިޔުން ގާތެވެ. އެކަމަށް ރައީސް ސާލިހު ފުރުސަތެއް ނުދެއްވާނެއެވެ.

    ]]>
    Wed, 11 Jan 2023 11:50:07 +0500 ހީރަސް
    ކުރީގެ ރައީސުންގެ ދެލިފޭލި އުފުލުމަކީ މުސީބާތެއް https://heerasnews.com/896 https://heerasnews.com/896 ރާއްޖެއަކީ ހާދަހާވާ ހައްގު ބޮޑު ތަނެކެވެ. ކޮންމެ މީހެއްގެ ހައްގު ބޮޑުވެގެން އަތްގުޅި ނުކައެވެ. ވަކި ކަހަލަ ކަމެއް ކުރާ ވަކިބައެއް ވީމާ ކޮންމެ ކަމެއް ކުރިޔަސް ހެޔޮތާއެވެ. ލިބޭ ހައްގާއެކު ޒިންމާތަކަކާއި ވާޖިބުތަކެއް އިންތިޒާމުތަކެއްގެ މަތިން އުފުލަން ޖެހޭކަން ދެނަ ހުރި އެކަކު ވެސް ހައްގުގެ ވާހަކަ ނުދައްކައެވެ.

    މިހާރަކަށް އައިސް މާ ބާރަކަށް ދައްކާ އެއް ވާހަކަ އެކެވެ. ރާއްޖޭގައި ރައީސްކަން ކުރާ މީސްމިހުން ވެރިކަމުން ފޭބުމުން ނުވަތަ ބޭލުމުން ޖަލަށް ދާން ޖެހޭ ސަގާފަތެއް އަށަގަންނަ ވާހަކައެވެ. ރައީސްކަން ކުރިޔަސް އެހެން ކަމެއް ކުރިޔަސް ޖަލަށް ދާން ނުޖެހޭ ގޮތަށް އެކަމެއް ކުރާނަމަ އެކަމަކަށް ފަހު ޖަލަކަށް ދާކަށް ނުޖެހޭނެ ނޫން ހެއްޔެވެ.

    ރައީސްކަން ކުރުމަކީ އެ މީހެއްގެ މައްޗަށް ކަމެއް ތުހުމަތު ކުރެވިއްޖެ ނަމަ ތަހުގީގުކޮށް ޝަރީއަތްކޮށް ކުށް ސާބިތުވެއްޖެ ނަމަ އަދަބު ނުދިނުމަށް އޮތް ލައިސަންސެއް ނޫނެވެ. ވެރިކަމުގައި ހުރެ ގައުމު ދަވާލާ ތިޖޫރީ ހުރިތާ ވަޅުގަނޑު ވެސް ނުހުންނަވަރު ކޮށްލާފައި ފޭބުމުން ވެސް ރައީސްކަން ކުރީތީ ދެފުށުން ފިރުމަން ވީހެއްޔެވެ. ފުށްޖައްސައި އަތަރުލައި ދުންބުރުވަން ވީހެއްޔެވެ. ދައުލަތުން މުސާރައާއި އިނާޔަތާދީ ބާނދީން ލައިގެން ހަރު މުދަލެއްގެ ގޮތުގައި ބަލަހައްްޓަން ވީހެއްޔެވެ.

    ކޮންމެ މީހަކަސް އެ މީހަކު ކުޅަކަމެއްގެ ރަހަ ދެކެން ޖެހޭނެއެވެ. ރައީސްކަން ކޮށްފައި ތިބޭ މީހުން އެ މީހުން ކުރިކަމަކާ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ދައުލަތުން އުފުލަން ޖެހޭ ކޮންމެ ބުރައެއްގެ ޒިންމާ އެ މީހަކު ނަގަން ޖެހޭނެއެވެ. ކުރާނެ ކަމެއްކޮށް ހަދާނެ އެއްޗެއް ހަދާފައި ދައުރު ނިންމާ ހީގަނެގެން ހުންނަ ފާޑުގެ ސަގާފަތެއް ގައުމުގައި އަށަގަތުމަކީ ވެރިކަމަށް އަރާ ކޮންމެ މީހަކު ދައުލަތް އިރާކުދިކޮށް ނޮޅާކާން ދޭ ތަޅުދަނޑިއަކަށް ނުވެ ނުދާނެއެވެ.  

    ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގައި ކުރީގެ ރައީސުންނަށް ކުރާ ހޭދަ މިހާރު ވެސް ދައުލަތް ހިންގާ މީހާއަށް ވުރެ ފުކެއް ކުޑައެއް ނޫނެވެ. މިދާވަރުން ކުރީގެ ރައީސްގެ އިނާޔަތް ދީގެން ކިތަކަށް މީހުން ކޮންމެ ޖީލެއްގައި ދައުލަތުން ބަލަހައްޓަން ތިބޭނެ ބާވައެވެ. ރައީސްކަން ކުރާ މީހަކު ރައީސްކަން ކުރަނީ އެމުއްދަތުގައި ދައުލަތުން މުސާރަޔާ އިނާޔަތް ނުލިބިއެއްނޫނެވެ. ކުށްވެރި ނުވެ ރީތި ގޮތުގައި ވެރިކަން ކޮށް ނިންމަލާ މީހަކަށް ޝަރަފާއި ރަމްޒީ އިހުތިރާމް އަދާ ކުރުމަކީ ގޯހެއް ނޫނެވެ. އެހެނަސް ދައުލަތަށް ބަލަދު އެރުމަކީ ބޮޑު ގޯހެކެވެ. އާނއެކެވެ. ކުރީގެ ރައީސުންގެ ދެލިފޭލި އުފުލުމަކީ ބޮޑު މުސީބާތެކެވެ.

    ]]>
    Tue, 10 Jan 2023 21:00:58 +0500 ހީރަސް
    އަހަރު ނިންމާލީ ބަނޑަށްނުޖެހި 827 މިލިޔަން ޑޮލަރގެ ރިޒާވާއެކު https://heerasnews.com/895 https://heerasnews.com/895

    ދައުލަތުގެ ރިޒާވް 827 މިލިއަން ޑޮލަރަށް

    ސްރީލަންކާއަށް ޖެހުނު ހާލަށް ވުރެ ދެރަ ހާލެއްގައި ރާއްޖެ ޖެހެން އެދިއެދި ތިބި ސިޔާސީ ރަންޑީން ހީކުރި ގޮތެއް ރާއްޖޭގެ މަލިއްޔާއަކަށް ނުވިއެވެ. 2022 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް ހުސްވެ ކާބޯތަކެތި ގަންނާނެ ފަދަވެސް ނޯންނާނެ ކަމަށް ބުނި މީހުން މިއަދު ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ. ކޮންމެ މީހަކީ މާ މޮޅު އެކޮނޮމިސްޓަކަށް ވެގެން ނަގޫ ނަގާ ދުވާއިރު ހީވަނީ މިވަރެއް ނެތް ހެންނެވެ.

    ދައުލަތުގެ ރިޒާވް ބޮޑުތަނުން ބޮޑުވެ ރޫފަޖެހެމުން އަންނަކަން އެމްއެމްއޭގެ މާލީ ހިސާބުތަކުން އެހެރީ ފެންނާށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އަންދާޒާ ކުރި ވަރަށް ވުރެ ކުރިއަރައި ބޮޑު ތަނުން ރަނގަޅު ވެއްޖެއެވެ. އިގްތިސާދު ފުޅާވެ ދައުލަތުގެ ރަސްމީ ރިޒާވް އަންނަނީ ހަލުވިކޮށް ރަނގަޅުވެ ކުރިއަރަމުންނެވެ.
    2022 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 827 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. ހަމައެކަނި ހުސްވި ޑިސެމްބަރ މަހު އެކަނިވެސް ރަސްމީ ރިޒަރވްއަށް 223 މިލިއަން ޑޮލަރު އިތުރުވެފައިވެއެވެ.

    ދައުލަތުގެ އާމްދަނީގެ ގޮތުގައި 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު 134 މިލިއަން ޑޮލަރު މީރާއަށް ލިބިފައިވެއެވެ. އެ މިންވަރަކީ ހުސްވި ނޮވެމްބަރ މަހަށްވުރެ 71 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ.

    ރާއްޖޭގެ ރަސްމީ ރިޒާވް އެންމެ މަތީގައި ހިފެހެއްޓިފައި ވަނީ ފާއިތުވެ ދިޔަ 4 އަހަރުގެ ތެރޭގައެވެ. މި ގޮތުން 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2022 ޑިސެންބަރު މަހުގެ ނިޔަލަށް އެވްރެޖް ގޮތެއްގައި ރަސްމީ ރިޒާވްގައި 817 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ ކުރީ ރައީސް ޔާމިންގެ ވެރިކަމުގައި އެވްރެޖް ރިޒާވް ހުރި މިންވަރާ އަޅާބަލާއިރު 39 އިންސައްތަ އިތުރުވުމެކެވެ.

    ރާއްޖޭގެ ރިޒާވް ފުރަތަމަ ފަހަރަށް 1 ބިލިއަން ޑޮލަރަށް އެރީ 2021 ސެޕްޓެންބަރު މަހުއެވެ. މި ސަރުކާރުގައި ރިޒާވް އެންމެ ދަށަށް ދިޔައިރު ވެސް ރިޒާވްގައި 499.63 މިލިއަން ޑޮލަރު ހުއްޓެވެ. އެހެނެއް ކަމަކު ރައީސް ޔާމީންގެ ވެރިކަމުގައި ރިޒާވް 343.5 މިލިއަން ޑޮލަރަށް ވެއްޓިފައި ވެއެވެ.

    ދައުލަތުގެ ޔޫޒަބަލް ރިޒާވް (ބޭނުން ކުރެވޭ ރިޒާވް) އެންމެ މައްޗަށް ގޮސްފައި ވަނީ ވެސް މި ސަރުކާރުގެ 4 އަހަރުގެ ތެރޭގައެވެ. 2021 ޑިސެންބަރު މަހު ޔޫޒަބަލް ރިޒާވްގައި ހުރީ 419 މިލިއަން ޑޮލަރެވެ. މި މިންވަރަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ މައްޗަށް ޔޫޒަބަލް ރިޒާވް ޖެހުނު އިރު ހުރި ވަރާ އަޅާބަލާއިރު %33 (104 މިލިއަން ޑޮލަރު) ގެ އިތުރުވުމެކެވެ.

    ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ދަށަށް ވެއްޓިފައި ވަނީ ވެސް ރައީސް ޔާމީނުގެ ދައުރުގައެވެ. މޭ 2017 ގައި ޔޫޒަބަލް ރިޒާވް 52 މިލިއަން ޑޮލަރަށް ވެއްޓިގެން ގޮސްފައިވެއެވެ. އެއް މަސްދުވަހުގެ ތެލާއި ކާޑުގެ ބާވަތްތައް އެތެރެ ކުރަން ބޭނުންވާ ބޭރު ފައިސާގެ އަދަދަށް ވުރެވެސް އެ އަދަދަކީ ކުޑަ މިންވަރެކެވެ.

    2023 އަހަރަށް ބަޖެޓް ފާސްކުރަން ހުށަހެޅިއިރު 2022 ވަނަ އަހަރު ނިމޭއިރު ރިޒާވް ހުންނާނެކަމަށް ލަފާކޮށްފައި އޮތީ 638 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް 2022 ވަން އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 827 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. 

    ރާއްޖޭގެ މަރުކަޒީ ބެންކުން މި ހުރިހާ ހަގީގަތެއް ފެންނަން އޮތްއިރު ޔާމީނާ ނަޝީދާ ސައީދާ ޖަމީލުމެން ރިޒާވޭ ކިޔައިގެން އަނގަ ދިޔާކުރީ ކުޑަވެސް އިހުލާސްތެރި ކަމެއް ނެތި ވެރިކަމުގެ ދަހިވެތި ކަމުގައު ރައްޔިތުން ބިރުގަންނަވަން ކަން މިހުރީ ސާބިތުވާށެވެ. 

    ]]>
    Tue, 10 Jan 2023 18:15:40 +0500 ހީރަސް
    ފްރާންސް ކެޕްޓަން ލޮރިސް ކުޅުން ހުއްޓާލުން https://heerasnews.com/894 https://heerasnews.com/894

    ފަރަންސޭސިވިލާތުގެ ގައުމީ ޓީމަށް 121 މެޗްގައި ކެޕްޓަންކަން ކުރުމުގެ ރެކޯޑާއެކު ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ގައުމީ ޓީމަށް ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.  އޭނާ ވަނީ 145 މެޗް ގައުމީ ޓީމަށް ކުޅެދީފައެވެ.

    އެކަކު އެންމެ ގިނަ މެޗް ފްރާންސްގެ ގައުމީޓީމަށް ކުޅުމުގެ ރެކޯޑް ގާއިމުކޮށްފައި ވަނީވެސް ހޫގޯ ލޮރިސްއެވެ. 2018 ވަނަ އަހަރު ވާރލްޑް ކަޕްގެ ތަށި ދެވަނަ ފަހަރަށް ފަރަންސޭސީން އުފުލާލީވެސް ލޮރިސްގެ ކެޕްޓަންކަމުގައެވެ.

    ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އޭނާއަށް ކޮންދެވޭނެ ހުރިހާ ކަމެއް ގައުމީ ޓީމަށް ކޮށްދެވިފާ ވާކަމަށް ގަބޫލް ކުރެވުމުންނެވެ. ވާރލްޑް ކަޕްގެ ފައިނަލްގައި އާޖެންޓީނާ އަތުން ފަރަންސޭސީން ބަލިވި މި ވަގުތަކީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރ ނިމުމަކަށް ގެންނަން ޖެހޭ ވަގުތުކަމަށް އޭނާ ގަބޫލުކުރެއެވެ.

    ޔޫރޯއަށް ޓީމް ތައްޔާރުވާން ފެށުމުގެ ކުރިން އެކަން ކުރުމުން ކޯޗަށް ވެސް ޓީމް އެކުލަވާލުމުގައި ފަސޭހަ ވެގެންދާނެކަމަށް ލޮރިސް ދެކެއެވެ. ގިނަ ވަގުތު އާއިލާއަށް ދޭން ބޭނުންވާ ލޮރިސް ބުނާ ގޮތުގައި އޭސީ މިލާންގެ މައިކް މައިގްނާންއަކީ އޭނާ ނެތްތަން ފުރޭ ފެންވަރުގެ މޮޅު ކުޅުން ތެރިއެކެވެ.

    ]]>
    Tue, 10 Jan 2023 16:31:05 +0500 ހީރަސް
    ޖަލު ފަޅާލައިގެން ޔާމީނު ޖަލުން ނިކުންނަނީ https://heerasnews.com/893 https://heerasnews.com/893 ރިޝްވަތާ މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށްލާފައި ހުރި ހ. ދޫވެހި އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމު ޖަލުގެ ތޭރިތައް ފަޅާލާފައި ނިކުތުމަށް މަސައްކަތް އެބަކުރެއެވެ. ޔާމީނު ޖަލުފަޅާލާފައި ނިކުންނާނެކަން ޕީއެންސީގެ ނައިބު ރައީސް އިބުރާހީމް ޝުޖާއު ނޫސްވެރިންނަށް ކަށަވަރުކޮށް ދީފިއެވެ.

    ޝަރުއީ ކޯޓަކުން އިއްވާ ހުކުމަކީ އޭގެ ހަލާލު ހަރާން ކަނޑައަޅަން ބަޔަކަށް ޖެހޭ އެއްޗެއް ނޫނެވެ. ދަށު ކޯޓުން އިއްވާ ހުކުމަކާއި މެދު ހިތްހަމަ ނުޖެހޭ ހަސްމުން ދާން އޮތް ތަނަކީ ހައިކޯޓެވެ. ހައިކޯޓުގެ ހުކުމާއި ނުރުހޭނަމަ ދާން ޖެހެނީ ސްޕްރީމް ކޯޓަށެވެ. މަގުމައްޗަކަށް ނޫނެވެ. ކިތަންމެ ގިނަ ބަޔަކު ތާއީދު ކުރިޔަސް ވަގަކު ވާނީ ވަގަށެވެ. ކުށް ސާބިތުކޮށް ނިޔާ ކަނޑައަޅަނީ މެޖޯރިޓީގެ ތާއީދު އޮތްގޮތް ބަލައިގެނެއް ނޫނެވެ.

    ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުން ކުރީއްސުރެ ޔާމީނަށް ކުރި ހުކުމް ހަރާންވެގެން ބަޔަކު މީހުން ގައިވީދާތީ އެބަފެނެއެވެ. އިހުތިޖާޖު ކުރުމުގެ ހައްގާއި އެއްވެއުޅުމުގެ ހައްގު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މުޖުތަމައުގެ ހަމަޖެހުން ނަގާލަން އެވެރިން އެ އުޅޭ އުޅުން ސާފުވަމުން އެހުރެ އަންނަނީއެވެ.

    ޖަލު ފަޅާލައިގެން ޔާމީނު ޖަލުން ނެރެން ބަޔަކު ކަމަރު އެބަ ބަނދެއެވެ. ރާއްޖޭގެ ކަންކޮޅުތަކުން މީހުން ގެނެސްގެން މި މަހުގެ 19 އަދި 20 ވަނަ ދުވަހު އާޓިފިޝަލް ބީޗުގައި ހުރިހާ ސަފުތައް ރުކުރުވާލުން  އޮންނާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް ބުނި ބުނުމަކީ ސަމާސާ ވާހަކައެއް ނޫނެވެ. ނިޔަތާއި މަގުސަދު ސާފުކޮށް ބުނަމުން ސަފުތައް ރުކުރުވާލާ ވާހަކަ ދެއްކީމާ ވާން މި އުޅެނީ ކީއްކަން ވަރަށް ސާފެވެ.

    ކޮންފަރެންސެއްގެ ނަމުގައި އާޓިފިޝަލް ބީޗަށް ދެދުވަސް ވަން ދެން މީހުން އެއްކޮށްގެން އެ މީހުންގެ ލޭ ކައްކުވާ ޖަލު ފަޅާލަން ތައްޔާރުވާ ކަމަށް ބަޔަކު ގަބޫލު ނުކޮށްފާނެއެވެ. ޕީޕީއެމާއި ޕީއެންސީން ޝަރީއަތުން ކުރާ ހުކުމާއި ދެކޮޅަށް ކޯޓުތަކުގެ ހުރުމަތް ކަނޑައިފިއެވެ. އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުކަނޑުވާލަން މަސައްކަތް އެބަކުރެއެވެ. ކޯޓުތަކާއި ފަނޑިޔާރުންނަށް ބިރު އެބަ ދައްކައެވެ. ގާނޫނު އަސާސީ މަނާކުރާ ބޮޑެތި ޖަރީމާތަކެއް މީހުން އެއްކޮށްގެން އެބަ ހިންގައެވެ.

    އަޑު ގަދަމިހާ ރުއް ގިނަ ވާނީ ޖަންގަލީގެ އުސޫލުގައެވެ. ތިމާމެން ގަބޫލުކުރާހާ ގޮތަކީ އިންސާފު ކަމަށް ދެކި ގާނޫނު އަސާސީއާއި ހިލާފަށް ހަޅުތާލު ކުރުމާއި އެއްވުމާއި އަޑު އުފުލުމަކީ ހައްގެއް ނޫނެވެ. އެއްވެ ހަޅުތާލުކޮށް އަޑު އުފުލޭނީ ހުއްދަ ކަންކަމުގައެވެ. ޝަރުއީ ހުކުމް ހަރާންކޮށް ޖަލުފަޅާލަން އުޅުމަކީ އަސާސީ ހައްގެއް ނޫނެވެ.

    ]]>
    Tue, 10 Jan 2023 07:26:30 +0500 ހީރަސް
    އިލްޔާސްގެ ވަރަކޮށާލަން ކާމިނީން ތޫނުކުރި ކުރަފަތް! https://heerasnews.com/888 https://heerasnews.com/888 މައުމޫނިޒަމްގެ ރަންޒަމާނުގައި މައުމޫނު ވެރިކަން ކުރެއްވީ ދޭދޭ މީހުން ޖައްސައިގެންނެވެ. ރަށެއްގައި އެންމެ ނުފޫޒު ގަދަ ފޯރާމީހާއާއި އެރަށެއްގެ ކަތީބާ ތިބެނީ ޖައްސާފައެވެ. ކަތީބުންނާއި ކުޑަ ކަތީބުންނާ ތިބެނީ ޖައްސާފައެވެ. ގާޒީއާއި ރަށު ވެރިންނާ ތިބެނީ ޖައްސާފައެވެ. އެ އެންމެން އެންމެންނާ ޖެހިފައި ތިއްބަސް އެންމެން ވެސް މައުމޫނާ ގުޅުން ބަރާބަރެވެ. ރާއްޖެތެރެ އެހެން އޮންނައިރު ކެބިނެޓް ވެސް ދޭއް ނުވަތަ ތިން ވިންގަށެވެ. ޖެހި ފިތި ބާރު ވެފައެވެ. ވެރިކަމުގެ ދެފަރާތު ދެ އާއިލާ ވެސް އޮންނަނީ ރަނގަޅަށް ޖައްސާ އަލިފާން ކަނޑުވާލާފައެވެ. އެންދެރި ކާމިނީގެ ޖެހުން މުޅި ސަރުކާރާ ރައްޔިތުންނަށް މުސީބާ ތަކަށް އޮތީ ހަދާފައެވެ. ކާމިނީ ބާރު ސަރުކާރު ތެރެއަށް ގަދަވެ ގަންނަ އިރު އެންދެރީގެ ބާރު ތައް އޮންނަނީ ކުޑަ ކަކުލަށް ތިރިކޮށްފައެވެ. އެންދެރީގެ ބާރު ހިނގައިގަންނަ އިރަށް ކާމިނީ ހުދުފުށް ވެއެވެ.

    އެންދެރި ވިންގްގައި ނަގާ ކިޔަނީ އިލްޔާސް އިބްރާހީމާއި އައްބާސްއެވެ. ކާމިނީ ވިންގްގައި ނަގާ ކިޔަނީ އަބްދުﷲ ހަމީދާއި ޔާމީނެވެ. އެކަކަށް ބާރުތައް އޮންނަ އިރު އަނެކަކު ހުންނަނީ އަރިމަތީގައި ހަވާސާ ކުރެވިފައެވެ. ސިޔާސީ ކޯޅުމާ އެއްބަޔަކު އަނެއް ބަޔަކު ބަދުނާމުކޮށް ތުހުމަތުތައް އަޅުވާ ވަރަކޮށާލައެވެ. ނަތީޖާ ނެރުމާ ތަފާތު ދެއްކުމުގައި ކާމިނީއަށް ވުރެ ކުރީގައި އޮންނަނީ އެންދެރިއެވެ. ނަތީޖާއެއްގެ ގޮތުން އިލްޔާސް އިބުރާހީމަކީ ރައްޔިތުންގެ ތެރޭގައި މައުމޫނަށް ވުރެ ވެސް މަގުބޫލު މީހަކަށްވެފައި ވަނީ މަދެއްކޮށް ނޫނެވެ.

    އިލްޔާސް އިބްރާހީމްގެ މަގުބޫލުކަން ބޮޑުވެ މަލޭގެ ރައްޔިތުން މަޖިލީހުގެ ދެ ގޮނޑިއަކީ އިލްޔާސް އިބްރާހީމް ބޭނުންފުޅުވެ ވަޑައިގަންނަވާ ބަޔަކަށް ނޫނީ ނުލިބޭ އެއްޗެއް ގޮތުގައި އެތައް ޒަމާނެއް ވަންދެން އޮތެވެ. ކާމިނީ ވިންގަށް އެ ކަމަކީ ހަޖަމް ކުރެވޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް ކާމިނީ ވިންގްގައި މާލޭ މީހުން ބަލައިގަންނަ މަގުބޫލު އެއްވެސް ޝަހުސިއްޔަތެއް ނެތެވެ. އެހެން ކަމުން މަޖިލީހުގެ ގޮނޑިއަށް އިލްޔާސް އިބްރާހީމާ ވާދަކޮށްލަން ކާމިނީ ވިންގްގެ މަދަދާ އެކު ނެރެލެވޭ ވަރުގެ މާލޭ މީހަކު ހޯދުމަށް އަތްފުނާ އެޅިއެވެ. އެފަދަ މީހަކު ހޯދުމުގައި މައުމޫނަށް ވަފާތެރި ބޮޑު އާއިލާ އަކަށް ނިސްބަތްވާ ޒުވާނަކަށްވުން މުހިންމު ކަމަށް ކަހީނުންގެ މަޝްވަރާ ލިބުނެވެ.

    މުޅި މަލޭގައި އަތްފުނާ އަޅައިގެން ކާމިނީ ވިންގަށް ރަނގަޅު ޒުވާނަކު ފާހަގަ ކުރެވުނެވެ. މާލޭގައި ނަގާކިޔާ ބައިބޯ މުއްސަދި އައިލާއަކަށް ނިސްބަތްވާ ޒުވާނެކެވެ. މާލޭގެ އެންމެ ސަޕޯޓަރުން ގިނަ، ކާމިޔާބު ކްލަބް އަކަށް ނިސްބަތްވާ ގެއެއްގެ ދަރިއެކެވެ. އިނގިރޭސި ވިލާތުން ކިޔަވައިގެން ހުރި ޖެހެލުން ކުޑަ ޒުވާނެކެވެ. މައުމޫނު އަރިހުގައި ކޮންމެ ހަފްތާއަކު އާރަށަށް ވަޑައިގެން ކްރިކެޓް ކުޅުއްވާ މުއްސަދި ބޭފުޅެއްގެ ދަރިކަލެކެވެ. އިލްޔާސާ ވާދަކޮށްލަން ކާމިނީ ވިންގަށް އެއަށް ވުރެ ވަކީން ރަނަގަޅު ޗޮއިސްއެއް ނުފެނުނެވެ.

    ކާމިނީ ވިންގްގެ ޗޮއިސްއަކަށްވީ ކެރަފާ އާއިލާއާއި މަދަރުސާ ދޮށުގެއަށް ނިސްބަތްވެ ތާގީދޮށުގެއާއި އެނޫންވެސް އެތައް ބޮޑެތި އާއިލާތަކާއި އާއިލީގޮތުން ގުޅި ސިއްކަ ޖެހިފައިވާ ޒުވާނެކެވެ. އޭރަށް ކަމުދާ ވަރުގެ ބޭރު ތައުލީމެއް ލިބިފައި ހުރި ހުރުމާއި ބޮޑު ކްލަބަކަށް ނިސްބަތް ވުމަކީވެސް ޗޮއިސް ކަމުދިޔަ އެއް ސަބަބެވެ. އަނެއްކާ މައުމޫނު އަރިހުގައި އެންމެ މަގުބޫލު އެއް ފަހުލަވާނުގެ ދަރިއަކަށް ވުމުން ޗޮއިސް ޗޮއިސަކަށް ލާފުރާ ފުރިހަމަ ވިއެވެ.

    އިލްޔާސް އިބްރާހީމާ ދެކޮޅަށް ކާމީނީ ވިންގުން ރައްޔިތުން މަޖިލީހުގެ މާލޭ ގޮނޑިއަށް ނެރެން ނިންމި ޒުވާނަކީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު (އަންނި) އެވެ. އެހެން ކަމުން އެ ދުވަސްވަރު ކެނެރީއާއި ކާމިނީ އާއިލީ ގޮތުން ގުޅުވާލަން ނަޝީދުއާއި އަބްދުﷲ ހަމީދުގެ ދަރިކަނބަލަކާ އަންނިއާ ލޯބީގެ ގޮތުން ގުޅުވާ ލެވުނު ކަމަށް ތުންތުން މަތީން ކިޔާ އުޅުނެވެ.  

    އިލްޔާސް އިބްރާހީމްގެ އޮފު ކަނޑުވާލުމަށް ސަރުކާރު ތެރެއިން މައުލޫމާތު ފޯރުވާދީ "ސަންގު" ނެރުމުގެ ހުރިހާ ކަމެއްގައި ފައިސާއާއި އެހެނިހެން ކަންކަން ހަމަޖައްސާދިނީ ކާމިނީ ވިންގުންނެވެ. އަބްދުﷲ ހަމީދާއި އަބްދުﷲ ޔާމީނެވެ. ޒާހިރު ހުސައިންނާއި އަހުމަދު އަބްދުﷲ ފަދަ އެ ވިންގްގެ އެތައް ބައެއްގެ އެހީތެރި އަތްތައް އަންނިއާއި އެކު އޭރު އޮތެވެ. އެ ގޭސް ގަނޑުގައި އިލްޔާސްއާއި މާކުން ސަޓޯއާއި އެ ނޫން އެތައް ބައެއް އަނދާ ހުލިވެގެން ދަވަރު ވިއެވެ. ޒަމާން ދުއްވާލާ ހިންދަމާ ނުލެވޭވަރުކޮށް ބޮޑެތި ވަގުންގެ ގޮތުގައި އެތައް އާއިލާއެއް އިނދަޖައްސާލާ ހިންދަމާނުލެވޭ ވަރަށް ގުރުބާންކޮށްލިއެވެ. އެ ހަގީގަތް އޮތީ އެހެނެވެ.

    ޑިމޮކްރަސީގެ ޗެމްޕިއަން ހެދިގެން އަތްގުޅި ނުވާވަރުގެ ކަރާ ފެޅިޔަސް ކާކަކީ ކާކުކަން ދަންނަ މީހުން ވަރަށް ގިނައެވެ. ގަބޫލު ކުރިޔަސް ނުކުރިޔަސް އަންނިއަކީ އިލްޔާސް އިބުރާހީމްގެ ވަރަކޮށާލަން ކާމިނީ ވިންގުން ތޫނުކުރި ކުރަފަތެެވެ.

    ]]>
    Mon, 09 Jan 2023 17:59:48 +0500 ހީރަސް
    ހިފެހެއްޓުމެއް ނެތް ތާއީދު ރައީސް ސާލިހަށް https://heerasnews.com/887 https://heerasnews.com/887 ރ. އަތޮޅުގެ ރައްޔިތުންގެ ތާއީދު ރައީސް ސާލިހަށް ހޮއްދަވަ ދެއްވުމަށް އެ އަތޮޅު ރައްޔިތުންގެ މަޖިލީސްގެ ގިނަ މެންބަރުން ތިއްބެވީ އަތު ގުޅާ ލައްވައިގެނެވެ. އުނގޫފަރު ދައިރާގެ މެންބަރު ވައްދެއާއި މީދޫ ދައިރާގެ މެންބަރު އާދަމް ޝަރީފު އުމަރުމެން ކިތަންމެ އިދިކީލި ވިޔަސް މުޅި ރ. އަތޮޅުހެން ތިބީ ރައީސް ސާލިހުގެ ފަހަތްޕުޅުގައެވެ. އަލިފުށި ދައިރާގެ މެންބަރ ބިގޭއާއި ދުވާފަރު ދައިރާގެ މެންބަރ އިއްސެއާއި އިނގުރަދޫ ދާއިރާގެ މެންބަރު ހަސަންޓޭ ހުންނެވީ ތަފާތު ދައްކަވަން އެއްރޮއްޖަށް ފޫގަޅުއްވައި ގެނެވެ. އެ ބޭފުޅުންގެ ޖޯޝާ ފޯރި ދިމާލަށް އެހުރީ ފެންނާށެވެ. 

    ]]>
    Mon, 09 Jan 2023 15:09:45 +0500 ހީރަސް
    މަސްބިލުން ތެލަށް ކެނޑުން މާޒީގެ ތެރެއަށް https://heerasnews.com/884 https://heerasnews.com/884 މަސްވެރިންނަށް ހަމަ އަގު ހޯދާ ދިނުމަށް ގެނެވޭ ހެޔޮ ބަދަލުގެ ތެރެއިން ކިރުވާ މަހަށް ލިބެންޖެހޭ ފައިސާ އަޅާ ކެނޑުމެއް ނެތި ހަމަޔަށް ލިބޭނެ އިންތިޒާމް ވެގެން ދިޔުމަކީ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެކެވެ. މީގެ ކުރިން މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް ފައިސާ ލިބެނީ ތެލަށް ކަނޑާފައެވެ. ތެލަށް ނުކަނޑާ މަސްވެރިންނަށް ކިރާ މަހުގެ ފައިސާ ލިބިގެންދާ ގޮތަށް މިފްކޯއަށް މަސްގަތުމުގެ އޮޕަރޭޝަނަށް ހެޔޮ ބަދަލެއް ގެނައުމަކީ މަސްވެރިންނަށް ލިބިގެން ދިޔަ ބޮޑު ލުޔެކެވެ.

    މިފްކޯއާއި އެފްއެސްއެމްއާއި ގުޅިގެން މި ގެނެވުނު ހެޔޮ ބަދަލަކީ މަސްވެރިންނަށް މަންފާ ކުރަނިވި އިންގިލާބީ ބަދަލެކެވެ. ޒަމާނުއްސުރެ ކިރުވާ މަހަށް މަސްވެރިންނަށް ފައިސާ ލިބެނީ ތެޔޮ ބިލަށް ކެނޑުމަށް ފަހު ބަކީ އޮންނަ އެއްޗެކެވެ. ތެލަށް ކެނޑުމަށް ފަހު ހުސްއަތާ ދާން ޖެހޭ ފަހަރު ވެސް މަސްވެރިންނަށް އައެވެ.

    މިފްކޯއާއި އެފްއެސްއެމްއާއި ދެމެދު ވެވުނު އެއްބަސް ވުމެއްގެ ދަށުން ކްރެޑިޓް ސްކީމެއްގެ ތެރެއިން މަސްވެރިންނަށް އެފްއެސްއެމުން ސަބްސިޑަރީ އަގަކަށް ތެޔޮ ފޯރުކޮށްދެމުން ދާނެއެވެ. މަސްވެރިންނަށް ސަބްސިޑަރީ ރޭޓެއްގައި ކްރެޑިޓަށް ތެޔޮ ފޯރުކޮށް ދިނުމަށް "ފަހި ހަކަތަ" ނަމުގައި ހާއްސަ ޕްރޮގްރާމެއް އެފްއެސްއެމުން ވަނީ ތައާރަފް ކޮށްފައެވެ.

    "ފަހި ހަކަތަ" ޕްރޮގްރާމްގައި ބައިވެރިވެ ރަޖިސްޓްރީވާ ކޮންމެ މަސްވެރި އުނޅަދަކަށް ވެސް ސަބްސިޑަރީ ރޭޓެއްގައި އެފްއެސްއެމުން ތެޔޮ ފޯރު ކޮށްދޭނެއެވެ. "ފަހި ހަކަތަ" ކްރެޑިޓް ފެސިލިޓީ ބިނާވެގެން ދާނީ އެފްއެސްއެމް، މިފްކޯ އަދި އޮޑި ވެރިއާ އާއި ދެމެދު ހެދޭ ޓްރައި ޕާޓީ އެގްރީމަންޓެއްގެ މައްޗަށެވެ.

    ފިއުލް އޮޕަރޭޝަންތައް ފުރިހަމައަށް އެފްއެސްއެމްއާއި ހަވާލުވެ ހިނގައި ގަތުމުން މަސްވެރިން ފިއުލް ބިލް ދެއްކުމަށް ހަމަޖެހިފައި ވާނީ ސީދާ އެފްއެސްއެމްއަށެވެ. މަސްވެރިން ބާނާ މަސްގަތުމާއި މަސްވެރިންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ އޮޕަރޭޝަނަށް މިގެނެވޭ އިސްލާހީ ބަދަލާ ގުޅިގެން މަސްވެރިންނަށް އެ ފަރާތްތަކުން ބާނާ މާހުގެ ޖުމްލަ ފައިސާ ތެލަށް ނުކަނޑާ ލިބިގެންދާނެއެވެ.

    އެސްޓީއޯގެ ހިދުމަތްތައް ޒަމާނީ ފެންވަރުގައި ލުއިފަސޭހަ ކަމާއެކު ދިނުމަށް މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ގެ ދުރު ވިސްނުންފުޅުގެ ދަށުން ސިސްޓަރ ކުންފުނިތަކުގެ ދައުރު ފުޅާކޮށް ހިންގުން ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްގޮތަށް އިންތިޒާމު ވަމުން ދާދިޔުމަކީ ބޮޑު ކާމިޔާބެކެވެ. 

    ]]>
    Mon, 09 Jan 2023 09:17:44 +0500 ހީރަސް
    ގާސިމް ފަހަތަށް ޕީޕީއެމް އަރަން ޔާމީނު އެންގުން https://heerasnews.com/882 https://heerasnews.com/882 ޕީޕީއެމްގެ  މަދަދުގައި  ގާސިމަށް  ވެރިކަން  ހޯދައިދީގެން  ވެސް  ޖަލުން  ނުކުތުމަކީ  ޔާމީނަށް  އެންމެ  މުހިންމު  ކަންތަކަށް  ވާނެއެވެ.  އަނެއް  ކޮޅުން  ކޮންމެ  ފަދަ  ކަމެއް  ކޮށްގެން  ވެސް  ރާއްޖޭގެ  ރައީސުލް  ޖުމްހޫރިއްޔާ  ކަން  ނޫން  ހުރިހާ  ކަމެއް  ގާސިމަށް  ޙާޞިލު  ވެއްޖެ  އެވެ.  އަޑުއިވޭ  ގޮތުން  މިކަން  ކުރުމަށް  ގާސިމް  އިބްރާހީމް  އާ  މަޝްވަރާ  ކުރުމަށް  ޕީޕީއެމްގެ  ލީޑަރޝިޕަށް  ޔާމީނު  އަންގައިފިއެވެ.

    ޔާމީނަށް  އޮތީ  ކޮންމެ  ފަދަ  ކަމެއް  ކޮށްގެން  ވެސް  ޖަލުން  ނުކުތުމެވެ.  ނަޝީދު  ފަހަތަށް  ޕީޕީއެމް  އެރުވުމަކީ  ފަސޭހަ  ކަމެއް  ނޫނެވެ.  ނަމަވެސް  ގާސިމަކީ  2013  ގައި  ޕީޕީއެމަށް  ވެރިކަން  ލިބުނު  ސަބަބެވެ.

    ނަޝީދުގެ  އޮތީ  އެންމެ  ބޭނުމެއް  ކަމަށް  ފެނެއެވެ.  އެއީ  ކޮންމެ  މީހަކާ  ބައިވެރި  ވެގެން  ވެސް  އިބޫ  ބަލި  ކުރުމެވެ.  އެކަމަކު  ނަޝީދަށް  ތާއީދު  ކުރާ  އެމްޑީޕީ  މީހުން  ޕީޕީއެމް  ކެންޑިޑޭޓެއްގެ  ފަހަތަށް  އެރުން  ހިތަކަށް  ފަސޭހައެއް  ނުވާނެ  އެވެ. 

    މިގޮތުން  ބަލާއިރު  ޕީޕީއެމް  މީހުންނާ  ނަޝީދަށް  ތާއީދު  ކުރާ  މީހުން  އެކެއްގެ  ފަހަތުގައި  ތިބެލަން  އެންމެ  އެކަށޭނަ  ފޮމިއުލާ  އަކަށް  ހުރީ  ގާސިމެވެ.

    ވެރިކަން  ލިބުނީމާ  ޔާމީނަށް  އިތުރު  ހުކުމެއް  ޖަހަން  ވިޔަސް  އަދި  ނަޝީދާ  އަޅާ  ނުލާ  ނަޝީދާ  ޔާމީނު  ކުރިން  ގާސިމަށް  ހެދިގޮތް  ހަދާލަން  ލިބޭނެ  އެންމެ  ރަނގަޅު  ދަނޑިވަޅަކީ  މިއީއެވެ. 

    މިއީ  ރައީސުލް  ޖުމްހޫރިއްޔާ  ކަމުގެ  މަގާމު  ހޯދުމަށް  ގާސިމަށް  ގުރުސް  ފެންމަތިވާ  އަހަރު  ކަމަށް  ވަނީ  ތޯއްޗެކެވެ.

    މުޅި  ހަޔާތުގެ  އުންމީދު  ފުރިހަމަ  ކޮށް  ،  ސިޔާސީ  ކަންކަމުން  ލިބުނު  ހުރިހާ  ހިތި  އެންމެނަށް  ފިލުވާލާ  ،  ރައީސުލް  ޖުމްހޫރިއްޔާގެ  ޖުމްހޫރީ  ޕާޓީ  އެކަންޏަށް  ހަދާލަން  ލިބޭ  އަހަރަކީ  2023  އެވެ.

    ]]>
    Sun, 08 Jan 2023 17:13:47 +0500 ހީރަސް
    ނަޝީދު ވެސް ދަރަނި އަދާކުރަން ނެގީ ދަރަނި https://heerasnews.com/881 https://heerasnews.com/881 ވެރިކަމުގެ މަސްތުގައި ރައީސް ނަޝިދެއް ކަމަކު ވައި އަނގަ ނުތަޅުއްވާށެވެ. ދެބޯގެރި ދުއްވައިގެން ދިވެހިން މިއަދަކު ޅޮސް އުނދޯއްޔަކަށް ނުލެވޭނެއެވެ. 2008 ގައި ވެރިކަމަށް ވަޑައިގެންނެވީ ވެސް ދަރަނީގެ ވާހަކަ ދައްކަވައި ގެންނެވެ. ރައީސް މައުމޫނު ވެރިކަމުގައި އުފަން ނުވާ ކުދިންގެ ބޮލަށްވެސް ދަރަނި ނަންގަވާ ގައުމު ދަރުވާލާފައި އޮވެގެން އަވަހާރަ ނުލެއްޕެވިގެން ނަޝީދު އުޅުއްވިއެވެ. ވެރިކަން ލިބި ވަޑައިގަތުމުން ކުރެއްވި ކަމަކީވެސް ދަރަނި އަދާކުރަން ދަރަނި ނެންގެވުމެވެ. އޭރު އެ ކަމަކީ ހަލާލު މޮޅު ކަމެކެވެ.

    އާނއެކެވެ. ވެރިކަން ހޯދާ މީހަކު ވެރިކަން ހޯދަނީ އެއިރަކު ގައުމުގައި އޮތް އަރަންޏަކާއި ދަރަންޏަކަށް ޒިންމާ ވެގެންނެވެ. ދަރަނި އަދާ ކުރާނެ ގޮތާއި އާމްދަނީ ހޯދާނެ ގޮތްތައް އެކަށައަޅައިގެންނެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން ދައުލަތުގެ އެތައް މިލްކިއްޔާތެއް ސަރުކާރުގެ ކޮންޓްރޯލު ނުއޮންނަހެން ބޭރަށް ލީޒް ކުރެއްވިއެވެ. ކަސްޓަމް ޑިއުޓީ ނަގަމުން ރައްޔިތުންގެ އަތުން ޓެކްސް ނަގަންގަވަން ފެއްޓެވިއެވެ. އާއްމު ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ކުރު މަގެއް އޭރަކު ރައީސް ނަޝީދަކަށް ވެސް ނުދެއްކެވުނެވެ. ބަޖެޓް ޑެފެސިޓް ނުވާނެ ގޮތެއް ނުހެއްދެވުނުތާ އާމްދަނީއާއި ހަރަދު އެއް މިންވަރަކަށް ނުގެންނެވުނެވެ. ކަންމަތީ ފިހާރައިގެ ދަރަނި ކަނޑުވައެއް ނުލެއްވުނެވެ. އަތްފޯރާ ފަށަށް މުދަލުގެ އަގު ތިރިއެއް ނުކުރެއްވުނެވެ. އިންފްލޭޝަން މަތިވުން ނުހުއްޓުވުނެވެ. އާމްދަނީ ހޯދޭނެ ވަސީލަތްތައް ގާއިމެއް ނުކުރެއްވުނެވެ.

    މައުމޫނު ވެރިކަމުގައި ނަގާފައިވަ ދަރަނި އަދާކުރަން ނަޝީދު ވެރިކަމުގައި ލޯނު ނުނަގާ ފަރަކު ނުޖެއްސުނެވެ. ނަޝީދު ވެރިކަމުގެ ދަރަނިތައް އަދާ ކުރަން ޔާމިނުގެ ވެރިކަމުގައި ލޯނު ނަގަން ޖެހުނެވެ. އެހެން އެކަން އޮތް އިރު، ޔާމީންގެ ވެރިކަމުގައި ނަގާފައިވާ ދަރަނި ދެއްކުމަށްޓަކައި މި ސަރުކާރުން ދަރަނީގެ މައްޗަށް ދަރަނި ނަގާ ވާހަކަ ރައީސް ނަޝީދު ދެއްކެވުމަކީ ތަފާލެއްގައި ދަނޑިން ތެޅުން ކަހަލަ ކަމެކެވެ.

    ހަމަތެދެކެވެ. ދިރުމެއް ނެތް ފިކުރެއް ދިރުވާކަށް އެމްޑީޕީ މިއަދަކު ނޫޅެއެވެ. ހިނގާ އުމްރާނީ މަސައްކަތް ތަކަކީ ތަރައްގީ ނޫންކަމަށް ދައްކާ ފިކުރަކީ ފިކުރެއް ނޫނެވެ. ރައްޔިތުން ބޭނުން ވަނީ ތަރައްގީއަށްޓަކާ މީހުން އުޅޭ ކޮންމެ ރަށަކީ އުމްރާނީ އަސާސީ ހިދުމަތްތައް ލިބޭ ތަނަކަށް ވުމެވެ. ނަޖިސްފެނުން ފެންވަރައިގެން ކިސަޑުފެން ބޮއެގެން ލަފާނުފުރޭ ބަޔަކަށް އަންނާނެ ތަރައްގީއަކީ ވައި އަނގަ ތަރައްގީއެވެ. ރައްޔިތު މީހާ ރަށުގައު ހުރެ ޖީބަށް ފައިސާ ވަންނާނެ ގޮތަކީ ކޮންމެ ރަށަކީ މަސައްކަތުގެ ވެއްޓެއް އޮތްތަނަކަށް ނެދުމެވެ.

    ލިބޭ އާމްދަނީ ކުރެވޭނީ ފަސޭހަކަމާއި އަވަސް ކަމާއެކު ރަށްރަށަށް ދަތުރު ފަތުރު ކުރެވި އަރާފައިބަން ފަސޭހަ ވެގެންނެވެ. ކަރަންޓާ ފެނާ ނަރުދަމާގެ ހިދުމަތް ފެންވަރު ކުރި ގޮތެއްގައި ދެވިގެންނެވެ. އިގުތިސާދީ އިންޖީނު ހިނގައި ގަންނާނީ ހުރިހާ ހުރިހާ ފިސްޓަނެއް އެކު އެކުގައި ރަގަޅަށް ހިނގައިގެނެވެ. ރައީސް ސާލިހު އެކުރައްވަނީ އެ މަސައްކަތްޕުޅެވެ. ސިޔާސީ ބޭނުމުގައި ވޯޓު ހޯދަން ތަޅާ ވައިއަނގައިން ރައްޔިތުމިހާގެ ޖީބު ފުރޭނެ ނަމަ އެކަން ދިވެހިންނަށް ވާނެތާ ކޮން ދުވަހެއް ހެއްޔެވެ.

    ]]>
    Sun, 08 Jan 2023 14:09:20 +0500 ހީރަސް
    މާބޮޑަށް ރިއެކްޓް ކުރުމުން ނަތީޖާ ސަޅި ނޫން: ހިސާން https://heerasnews.com/880 https://heerasnews.com/880 ހަމަތެދެކެވެ. މާ ގަދައަށް "ރިއެކްޓް" ކުރުމުން ވެރިކަން ވެއްޓޭގޮތް ވެއެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓުނީ ވެސް މާގަދައަށް ރިއެކްޓް ކުރުމުންނެވެ. ރައީސް ޔާމީނަށް ދެވަނަ ދައުރު ނުލިބުނީވެސް މާ ގަދައަށް ރިއެކްޓް ކުރުމުންނެވެ. ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރޭގައި ވެލިދޫގައި އެ ވިދާޅުވީ އެ ވާހަކައެވެ. 

    ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ސަރުކާރަށް ފާޑުވިދާޅުވަމުން ރިޔާސީ ޓިކެޓަށް ވާދަ ކުރައްވާ ކުރެއްވުމަށް ރައްދު ދެއްވާ ނ. ވެލިދޫގައި ބޭއްވި "އިބޫ 2023" ޖަލްސާގައި ހިސާން ވިދާޅުވީ ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ މާގަދަ ކަމެއް ނޫން ކަމަށެވެ. މާ އަވަހަށް އަދި މާ ބޮޑަށް ރިއެކްޓް ކުރުމުން ނިކުންނަ ނަތީޖާ އެހާ "ސަޅި" ނޫން ކަމަށް ހިސާން ވިދާޅުވިއެވެ.

    ހަމަ ތެދެކެވެ. ހިސާން ވިދާޅުވާހެން ބައެއް ފަހަރު މާ ބޮޑަށް ރިއެކްޓް ކުރުމުން ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަން ކުރަންޖެހޭ ހާލަތު ވެސް އާދެއެވެ. އަނެއްބައި ފަހަރު މާ ގަދައަށް ރިއެކްޓް ކުރެއްވީމަ ވެރިކަން އެބަ ވެއްޓިގެންދެއެވެ. ކުއްލި ނުރައްކާގެ ހާލަތު އިއުލާން ނުކޮށް ވެރިކަން ނުހިފެހެއްޓޭ ހާލަތަށް ދެއެވެ. ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައި ފަނޑިޔާރުން ދަމާ ކޫއްތާ ނެރެން ޖެހެއެވެ. 

    އާދޭހެވެ. ކުއްލި ކުއްލިއަށް ކުރާ ރިއެކްޝަން ތަކުގެ ނަތީޖާ އަކީ ރައްޔިތުން މަގުމަތިވުމެވެ. ރައްޔިތުންނަށް ޖެހެނީ މަގުމަތީގައި ގަނަތެޅޭށެވެ. 7 ފެބްރުއަރީ 2012 ގެ ފަހުން ފާއިތުވި ހަތް އަހަރު ހިސާންގެ ދުވަސް ފެށެނީ ހައްޔަރީންގެ ލިސްޓުން ކަމަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވިދާޅުވެއެވެ. ރައީސް ސާލިހުގެ ވެރިކަމުގައި ފާއިތުވި ހަތަރު އަހަރު ދުވަހު ހިތް ފަސޭހަކަން ހޯދާދީފައިވާ ކަން ހިސާން ކަށަވަރުކޮށް ދެއްވިއެވެ. 

    "އިބޫ 2023" ވެލިދޫ ޖަލްސާގައި އުސްތާޒާ ހިސާނު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އަލުން އަނބުރާ މަގުމައްޗަށް ދާން ބޭނުންނުވާ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން އެތައް ގުރުބާނީއެއް މަގުމަތީގައި ވެއްޖެ ކަމަށެވެ. މިއަދަކީ ހަމަޖެހިގެން ހިންދަމާލައިގެން ދިރިއުޅެވެން އޮތް ދުވަސް ކަމަށެވެ. ގައުމު ހަލަބޮލިކޮށް އަލުން އަނބުރާ ސިޔާސީ ހަލަބޮލި ކަމެއްގެ ތެރެއަށް ވަންނަން އެމްޑީޕީ ބޭނުންނުވާ ކަމަށެވެ.

    ]]>
    Sun, 08 Jan 2023 12:41:12 +0500 ހީރަސް
    ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް https://heerasnews.com/879 https://heerasnews.com/879 ކުރިއަށްއޮތް ރިޔާސީ އިންތިހާބު ރައީސް ސާލިހު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމާމެދަކު ޝައްކެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސަލިހަށް އެކަން ކަށަވަރުވެ ވަޑައިގަންނަވައެވެ. އެމްޑީޕީ ޕްރައިމަރީ ކެމްޕޭންގައި ނ. ވެލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއްބުރުން ކަމަށް ވިދާޅުވީ ސަމާސާއަކަށް ނޫނެވެ. ވަރަށް ސާބިތުކަމާއި ޔަގީން ކަމާއެކުގައެވެ. ރައްޔިތުން އެއްބުރުން ހޮވާދީ ހިންގެވުމަށް ހަވާލުކުރާ ސަރުކާރު ދަމަހައްޓައި ދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮވެއެވެ.

    އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ތަފާތު ފިކުރުތަކުގެ މީހުންނާއިއެކު ސަރުކާރެއް އުފެއްދުމުގެ ވިސްނުން ހުރި މީހަކަށެވެ. އެ ވިސްނުން ހުރި އެ ފަދަ ތާއީދެއް އޮތް މީހަކީ ރައީސް ސާލިހެވެ.

    ރައީސް ވިދާޅުވާ ގޮތުން އެކަން ކުރެވެން އޮތީ ތަފާތު ފިކުރުތައް އެއްކޮށް އުފެއްދޭ ސަރުކާރެއް އުފެއްދުމުގެ ވިސްނުމެއް ހުރި މީހަކަށެވެ. އެފަދަ ތާއީދެއް އޮތް އެމްޑީޕީ މީހަކީ ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި އެ މަނިކުފާނެވެ.  " އެކަން ކުރެވޭނެ މީހަކަށް މި ޕާޓީގައި ހުރީ އަޅުގަނޑު.” ރައީސް ވިދާޅުވިއެވެ.

    ރައީސް ގެންދަވަނީ އެކަން މިހާތަނަށްވެސް ސާބިތު ކޮށްދެއްވަމުންނެވެ. ހަމަ އެހެންމެ ރައްޔިތުން އެކަން ގަބޫލު ކުރެއެވެ. ގިނަ ބަޔަކާއިއެކު ނުކުމެ ވަޑައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ނިންމެވުމަށް ފަހު ރއީސް ސާލިހު އެންމެ ފުރަތަމަ ކުރައްވާނެ މަސައްކަތަކީ ކޯލިޝަނެއް އެކުލަވާ ލެއްވުމެވެ.

    ]]>
    Sun, 08 Jan 2023 02:42:47 +0500 ހީރަސް
    ސްޓެލްކޯއިން ގުޅީ ކޮންމެ ދޯންޏަކަށް ހިލޭ ފެންޓަނެއް https://heerasnews.com/876 https://heerasnews.com/876 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ހެޔޮވެރިކަމުގައި މަސްވެރިންނަށް ލުއިފަސޭހަތައް ހޯދާ ދިނުމަށް ގިނަގުނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އޮޑި ދޯނި ފަހަރަށް ފަސޭހަ ކަމާއިއެކު ފެން ލިބޭނެ އިންތިޒާމު ހަމަ ޖައްސާދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ.

    މާލެއަތޮޅާއި އަރިއަތޮޅާއި ފެލިދެއަތޮޅުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއިން ހަވާލު ވީއްސުރެ އެ އަތޮޅު ތަކުގެ އަސާސީ ހިދުމަތް ތަކަށް އިންގިލާބީ ހެޔޮ ބަދަލު ތަކެއް ދަނީ ގެންނަމުންނެވެ.

    ޒަމާނީ ގިނަ ފަސޭހަ ތަކާއެކު ގުޅީގެ އޮޑި ދޯނި ފަހަރަށް ފެން ލިބޭނެ އިންތިޒާމް ސްޓެލްކޯއިން މިހާރު އެ ވަނީ ހަމަޖައްސާފައެވެ. މި ހިނގާ ޖެނުއަރީ ފަހެއްވީ ބުރާސްފަތި ދުވަހު ސްޓެލްކޯއިން އެ ހިދުމަތް ވަނީ އިފްތިތާހު ކޮށްފައެވެ.

    ހިދުމަތް ހޯދުމަށް އެ ހިދުމަތަށް ހާއްސަ ހޮޓްލައިނަށް ގުޅާ އޯޑަރު ދިނުމުން ޕޭމަންޓްގެ ލިންކް ފޯނަށް ލިބި ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމް ކުރެވިފައިވެއެވެ.

    ގުޅީގައި އޮޑި ދޯނިފަހަރަށް ފެންފޯރުކޮށް ދިނުމުގެ ހިދުމަތް އިފްތިތާހު ކުރުމައި ގުޅިގެން  ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

    އޮޑި ދޯނިފަހަރަށް ސްޓެލްކޯއިން ފެން ވިއްކަމުން ގެންދާނީ 3 ބޭންޑަކަށް ބަހާލައިގެންނެވެ.

    ބޭންޑްއަށް އަގުނަގާނެ ރޭޓް:

    * ބޭންޑް A10.00ރ(ދިހަރުފިޔާ)

    * ބޭންޑް B12.50ރ(ބާރަރުފިޔާ ފަންސާސްލާރި)

    * ބޭންޑްC 13.50ރ(ތޭރަރުފިޔާ ފަންސާސްލާރި)

    ގުޅީން ފެނުގެ ހިދުމަތުގެ ހޮޓްލައިން: 7281221

    ގުޅީގައި ފެނުގެ ހިދުމަތް ސްޓެލްކޯއިން ފެށިއިރު, އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް އދ. މަހިބަދޫ އާއި ކ. ގާފަރުގައި ވެސް މިހާރު ދަނީ ދެމުންނެވެ. ކުންފުނިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ސްޓެލްކޯއިން ދަނީ ވަމުންނެވެ. 

    ]]>
    Sun, 08 Jan 2023 00:47:36 +0500 ހީރަސް
    ކޮންމެ ރަށަކުން މިލޔަން ޑޮލަރު ޔާމީނަށް: ހުކުމް ހަރާން https://heerasnews.com/875 https://heerasnews.com/875 ރައީސް ޔާމީނު ކުރެއްވީމާ ވައްކަމަކީ ވައްކަމެއް ނޫނެވެ. ޔާމީނު ހިއްޕެވީމާ ރިޝްވަތަކީ ރިޝްވަތެއް ނޫނެވެ. ޔާމީނު ހެއްދެވީމާ ދޮގަކީ ދޮގެއް ނޫނެވެ. ޔާމީނު ކުރެއްވީމާ އަނިޔާއަކީ އަނިޔާއެއް ނޫނެވެ. ތިމަ ތިމާމެން ގެ ލޮލުކުރިމަތީ ހަމަޔަށް ފެނިގެން ދިޔަ ވައްކަމާއި ހިޔާނާތާއި އަނިޔާ އަދި ހިތުން ފިލައިގެން ދާހާ ދުވަހެއް ގައިމު ނުވެއެވެ.

    އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ހިންގާފާ އޮތް ބޮޑު ހިޔާނާތެއް ކަމަށް އެއްބަސް ނުވާ މީހަކު ނެތެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގާފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައެވެ. ބޮޑު ހިޔަނާތުގައި އެންމެ އިސްކޮށް އުޅުއްވި ކަމަށް ގިނަބަޔަކު އިއްތިފާގުވާ އެއް ބޭފުޅަކީ ރައީސް ޔާމީނުގެ ޓޫރިޒަމް މިނިސްޓަރ އަދި ފަހުން ރައީސް ޔާމީނުގެ ނައިބު ރައީސް ކަންކުރެއްވި އަހުމަދު އަދީބެވެ. ދެން ހުންނެވީ އެމްއެމްޕީއަރުސީގެ އިސްވެރިޔާކަމަށް ރައީސް ޔާމީނު އައްޔަނު ކުރައްވާފައި ހުންނެވި ޒިޔަތެވެ. އެހެނެއް ކަމަކު ރައީސް ޔާމީނުގެ ސަޕޯޓަރުންގެ ނަޒަރުގައި އެ ބޮޑު ހިޔާނާތާ ރައީސް ޔާމީނާ އެއްވެސް ގުޅުމެއް ނެތެވެ. އެމީހުން ދެކޭ ގޮތުގައި އެކަން ކުރީ އަދީބާއި ޒިޔަތެވެ. އަނެއް ކޮޅުން އޭރުގެ އިދިކޮޅު ޕާޓީގެ މަޖިލިސް މެންބަރުން އެ ހިޔާނަތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި ނެގިކަމަށް ރައީސް ޔާމީނުގެ އައުވާނުން ގަބޫލުކުރެއެވެ.

    މަޖިލިސް މެންބަރުންނަށް ރިޝްވަތުދިނީ ޔާމީނުގެ ނައިބު ރައީސަކަމަށް އުމުރު ހަމަނުވާ އަދީބު ގެންނަން ގާނޫނު އަސާސީ އިސްލާހު ކުރުމަށެވެ. ސްޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުންގެ ތެރޭގައި ތިއްބެވި ބޯހަރު ދެ ފަނޑިޔާރުން ކޯޓުން ނެރުމަށް ބެންޗް ހަތަކުން ފަހަކަށް ތިރިކޮށްލުމަށެވެ. ބޭރުމީހުނަށް ބިންގަނެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށެވެ. މިހާ ބޮޑެތި ކަންތައްތައް ހިނގާ ނިމިދާއިރު ރައީސް ޔާމީނަށް ދޮންކަޅުވެސް އެނގި ވަޑައި ގަންނަވާނެ ކަމަކަށް ޔާމީނުގެ ސަޕޯޓަރުން ނުދެކެއެވެ. މަޖިލީހުން ފާސްކުރާ ގާނޫނުތައް ތަންފީޒުކުރުމުގެ ބާރު އޮތީކީ ވެސް ރައީސް ޔާމީނު ނޫން ދެވަނަ މީހެއްގެ އަތަކު ނޫނެވެ. އެކަމަކު ވެސް ރައީސް ޔާމީނަށް އެއިން އެއްވެސް ކަމެއް އެނގިވަޑައި ގަންނަވާނެ ކަމަކަށް ނުވެއެވެ.

    އަބަދުވެސް އެ ފައިސާ މި ފައިސާއޭ ވިދާޅުވާ ރައީސް ޔާމިނުގެ އަމިއްލަފުޅު ފައިސައާއި ކެންޕެއިން ފައިސާއާއި އެމްއެމްޕީއާރުސީ ފައިސާ ހުންނަނީ އެއްގުޅިއަށް އަޅާ ބަދެވި އަދީބު އަތްޕުޅުގައެވެ. އެންމެ ބޮޑު އިއްތިފާގަކީ ރައީސް ޔާމީނަށް ތުހުމަތު ކުރެވި ތަހުގީގުކޮށް ޝަރީއަތް ކުރެވޭ ކޮންމެ ރަށެއްގެ ޑީލުގެ ތެރޭގައި ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް އެއްމިލިޔަން ޑޮލަރ ވަދެގެން ގޮސްފައި ހުރިކަމެވެ. ވޮޑަމުއްލާއާއި އާރަށާއި ފުށްގިރި ޑީލާއެކު އެރަށްރަށް ލީޒްކުރި ފަރާތްތަކުން ރަށުގެ އަގުދާއެކު ކޮންމެ ވެސް ސިފައެއްގައި ރައީސް ޔާމީނުގެ އަމިއްލަފުޅު އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކުރެވިފައި އޮންނަ އޮތުމަކީ އަޖައިބެއް ފަދަ އިއްތިފާގެކެވެ.

    މާތްކަލާކޯއެވެ. ބޮޑު ވަގަކު މިނިވަން ކުރަން ފޫގަޅައިގެން ނިކުމެ ތިބެ ތިޔަ ދެވެނީ ވައްކަމަށް ހިތްވަރެވެ. ތިޔަ ފުރައްސާރަކުރެވެނީ އިސްލާމު ދީނުގެ ހުކުމަކަށެވެ. ހަރާމީ ހުކުމެއް ނޫނެވެ. ހަރާމީ ރިޝްވަތެވެ.

    ]]>
    Sat, 07 Jan 2023 16:19:21 +0500 ހީރަސް
    މައުމޫނިޒމް އެންމެ ބޮޑީ ނަޝީދުގެ https://heerasnews.com/874 https://heerasnews.com/874 ރާއްޖޭގެ ރައީސްކަން ކުރުމަށް ފައިނަގާ ކޮންމެ މީހަކުމެ އެންމެ ފުރަތަމަ ބޯލަނބާން ޖެހެނީ ގާނޫނަށެވެ. އަމްދުން ގާނޫނު ހަދާ މަޖިލީހުގެ ރައީސް ގާނޫނީ ހުކޫމަތު ފުޑުފުޑުވާ ޒާތުގެ ވާހަކަފުޅުތައް ދެއްކެވުމަކީ ނުރައްކާތެރި ކަމެކެވެ. ރައީސް ކަމުގެ މަސްތުގައި ދައްކަވަން ވާނީ ގާނޫނު މުގުރުމަށް ހިތްވަރު ލިބޭޒާތުގެ ވާހަކައެއް ނޫނެވެ.

    ސިޔާސީ ޕާޓީގެ ގާނޫނީ ދަފުތަރު ބެލެހެއްޓުމުގެ ޒިންމާ އިލެކްޝަނަށް ލިބިފައި އޮތީ އެ ކޮމިޝަނުން އަމިއްލަޔަށް ހޯދައިގަނެގެނެއް ނޫނެވެ. ގާނޫނުން އެކަން އެކޮމިޝަނާ މަތިކޮށްފައި އޮތީމައެވެ. ގާނޫނުން މަތިވެފައި އޮންނަ ޒިންމާ އެއް އަދާކުރުމާ މުއައްސަސާގެ ހަގު ދޮށިކަމާ އޮންނަންވީ ގުޅުމަކީ ކޮބައި ހެއްޔެވެ. އެމްޑީޕީއަށް ވުރެ އިލެކްޝަންސް ކޮމިޝަން ހަގު ވުމަކީ އެމްޑީޕީގެ މައްޗަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ އިހުތިސާސް ނުހިގާން އޮތް ސަބަބެއް ނޫނެވެ.

    ދޮށިވެގެން އިހުތިސާސް ނުހިގަންޏާ ރައީސް ކަމުގައި ރައީސް ނަޝީދު ހުންނަވާ އިރެއްގައި ނަޝީދަށް ވުރެ ދޮށީ ރައްޔިތުންގެ މައްޗަށް ނަޝީދުގެ ރައީސް ކަމުގެ އިހުތިސާސެއް ނުއޮންނާނެތާއެވެ. ކަމަކައިގެން ދަހިވެތިވެ ވަޑައިގަތަސް ފުކެއް ބޮޑުވަރެވެ. ރައީސް ނަޝީދާ ޖެހުމުން ހަމަތަކާއި އުސޫލުތަކާއި ގާނޫނުތައް ވެސް ހުންނަން ޖެހެނީ އެ ހިނދަކަށް ނަޝީދު ބޭނުންފުޅުވެ ވަޑައި ގަންނަވާ ގޮތަށެވެ. ޕާޓީގެ މެންބަރުންގެ ދަފުތަރަކީ ވެސް އެއިރަކު ނަޝީދު ބޭނުންފުޅު ގޮތަކަށް އޮންނަން ޖެހޭ އެއްޗެކެވެ.

    މީގެ ހަތަރު އަހަރު ކުރިން އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ހަނދުމަފުޅު އައުކޮށް ލައްވާށެވެ. 13 އަހަރުގެ ޖަލު ހުކުމަކާ ގުޅިގެން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ މަގު އޭރު އޮތީ ރައީސް ނަޝީދަށް ބަންދު ވެފައެވެ. އެހެނަސް މައުމޫނު ބޭއްވެވި ރިޔާސީ އިންތިހާބުތައް ފާޑަށް ރައީސް ނަޝީދު ގިނިކަންޏާ ވާދަކުރެއްވި ފެންނަ ނުފެންނަ ރިޔާސީ ޕްރައިމަރީއެއް 30 މެއި 2018 ގައި ބޭއްވުނެވެ. މެންބަރުން ޖަޒްބާތުގައި ޖައްސައިގެން އެކަން އެ ދުވަހު ކުރެއްވީ " ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ ބޭފުޅަކަށް ފުރުސަތުދޭ ޕްރައިމަރީއެއް" ބޭއްވުން ކޯޓު އަމުރަކުން މަނާ ކޮށްފައި ވަނިކޮށެވެ. ވީގޮތެއްވެ އެކަން ނިމިގެން ދިޔައީ ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ނުވެ ގާނޫނީ ހަމަ އެޅިގެން އެމްޑީޕީއަށް ރިޔާސީ އިންތިހާބުގައި އެހެން ބޭފުޅަކު ނެރެގެން ވާދަ ކުރުމަށް ފުރުސަތު ލިބިގެންނެވެ. މި އުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ.

    ދައްކަން މި އުޅެނީ ރައީސް ނަޝީދު ގިނިކަންޏާ ވާދަކުރެއްވި 2018 ގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ސައްހަވީ އެއްގޮތެއްގެ ވާހަކައެވެ. އެސްއެމްއެސް މެދުވެރިކޮށް ވެސް އެ ދުވަހު ވޯޓް ލެވުނެވެ. ވޯޓްލާ އެސްއެމްއެސް ފޮނުވުމަށް ކަނޑައެޅިފައި އޮތް ނަންބަރަށް ކޮންމެ ޕާޓީއެއްގެ މެމްބަރަކަށް ވެސް އެސްއެމްއެސް ކުރުމަކަށް ހުރަހެއް ނެތެވެ. ވޯޓުދިން ކަމުގެ އެސްއެމްއެސް ފޮނުވާ އިރަށް ވޯޓު ބަލައިގަތްކަމުގެ މެސެޖެއް އެސްއެމްއެސް ކުރި ފަރާތަށް ލިބުނެވެ. ކޮންމެ މީހަކަށް ވެސް ވަކި މިންވަރެއް ނެތި ބޭނުން ވަރަކަށް ވޯޓު ލެވުނެވެ. އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންނަށް ވެސް ބޭނުން ވަރަކަށް އެ ޕްރައިމަރީގައި ވޯޓު ދިނުމުގެ ފުރުސަތު އޮތީ ހުޅުވިފައެވެ. އަނެއް ކޮޅުން ވޯޓު ދިނުމުން " 1 ވޯޓު ލިބިއްޖެ، ޝުކުރިއްޔާ ޖަޒީރާ ރައީސް މުޙައްމަދު ނަޝީދު" މިހެން ލިޔެފައި އޮންނަ މެސެޖެއް ވޯޓުދިން ކޮންމެ މީހަކަށް ލިބުނެވެ. އެއީ ދުނިޔޭގެ އެއްވެސް އިންތިހާބެއްގައި އެހާތަނަށް އަމަލުކުރި އުސޫލެއް ނޫނަސް ރައީސް ނަޝީދާ ޖެހުމުން ބަދަލު ވެގެން ދިޔައީ އުސޫލެވެ. ޑިމޮކްރަސީގެ ވާހަކަ ކިތަންމެ ބާރަށް ދެއްކެވިޔަސް ހަގީގަތުގައި މައުމޫނިޒަމް އެންމެ ބޮޑީ ނަޝީދުގެއެވެ.

    ]]>
    Sat, 07 Jan 2023 08:52:33 +0500 ހީރަސް
    މަރުވެފައިވާ ކަލްޓް ފިކުރެއް ނުދިރޭނެ! https://heerasnews.com/873 https://heerasnews.com/873 ކަންކަން އޮޅުވާ ނުލައްވާށެވެ. ރާއްޖޭގެ ރައްޔިތުންނަށް މޮޅާ ރަނގަޅާ ލާބަ އޮތީ އެމްޑީޕީގެ ރައީސަކު ހުރެގެން ކަމަށް އެންމެ ބާރަށް ވާހަކަ ދައްކަވަނީ ރައީސް ނަޝީދެވެ. މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮންނަން ޖެހޭ ކަމަށް ވިދާޅުވެ އަޑު އުފުއްލެވީ ނަޝީދެވެ. އެމްޑީޕީގެ ކައުންސިލަރުން ތިބެގެން ނޫނީ ރަށްރަށް ތަރައްގީ ނުކުރެވޭނެ ކަމަށް ވަކާލަތު ކުރައްވަނީ ވެސް ރައީސް ނަޝީދެވެ. ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ މެޖޯރިޓީގެ އެއްބާރުލުން ސަރުކާރަށް ނުލިބި ދައުލަތް ރަނގަޅަށް ނުހިނގާނެ ކަމަށެވެ. ކައުންސިލް ތަކަކީ ސަރުކާރާ ތަފާތު ހިޔާލުގެ ބަޔަކަށް ވެއްޖެ ނަމަ ރަށްރަށް ތަރައްގީ ކުރަން ފަސޭހަ ނުވާނެ ކަމަށެވެ.

    ރައްޔިތުން އެއަޑު އަހާ އެމްޑީޕީއަށް 2018ގައި ރައީސްކަން ދިނެވެ. ރައީސުލްޖުމްހޫރިއްޔާކަން ކުރައްވަނީ ރައީސް ނަޝީދު ނޫނެއް ކަމަކު ހަމަ އެމްޑީޕީންނެވެ. އެމްޑީޕީގެ ފުރިހަމަ އެއްބާރުލުމާއި ރައްޔިތުންގެ %68 މީހުންގެ ވޯޓުން ރާއްޖޭގެ ރައީސަކަށް އެ ހުންނެވީ އެމްޑީޕީގެ އިސްލީޑަރެވެ. އެމްޑީޕީން ރައީސްކަން ކުރާތީ މަޖިލީހުގެ 65 ގޮނޑި ވެސް ރައްޔިތުން އޮތީ އެމްޑީޕީއަށް ދީފައެވެ. ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކުގެ ބޮޑު މެޖޯރިޓީ ރައްޔިތުން ދިނީ އެމްޑީޕީއަށެވެ. އެކަން ކުރީ ރައީސް ކަމުގައި ހުންނެވީ އެމްޑީޕީގެ ރައީސް ނަޝީދު ނޫންކަން ރަނގަޅަށް އެނގިތިބެއެވެ.

    ހަމަ ތެދެކެވެ. ރައީސް ނަޝީދު ވިދާޅުވިހެން މަޖިލީހުގެ އެމްޑީޕީ މެޖޯރިޓީ އޮތީ ސަރުކާރާއެކު ރައްޔިތުންނަށް ހިދުމަތް ކުރަން ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައެވެ. ކައުންސިލަރުންގެ މެޖޯރިޓީ ވެސް އޮތީ ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށުގެ ތަރައްގީއަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ ފަހަތްޕުޅުގައި ބަދަހިކޮށެވެ. އޭގެ ނަތީޖާ ވެސް އެހަމެ ފޮންޏެވެ. ރަށްރަށު މީހުން ހުވަފެނުން ވެސް ނުދެކޭހާ ބާރަށް ފަތުއަޑު ކިޔާފައި ތަރައްގީގެ ކަންކަން އެބަ ހިނގައެވެ. ކަމެއް ނުވިއްޔާ ނުވެ އޮންނަނީ އިދިކީލި ވެގެން ކަންކަން ކުރިޔަ ނުދޭން އުޅޭ މެންބަރުންނާއި ކައުންސިލަރުންނާ ހެދިއެވެ. އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ކަމެއް ކުރިޔަ ނުދޭން ކުރާ ކަންކަމުގެ ސަބަބުންނެވެ.

    ވަޒީރުންނާއި ރައީސަށް އެއްބާރުލުން ދީގެން ކަންކަން ނުވާނެ ކަމަށް ރައީސް ނަޝީދު މިހާރު ވާހަކަ ފުޅު ދެއްކެވީމާ ދައްކަވާ ވާހަކަފުޅު ތަކުގެ އިހުލާސްތެރިކަމެއް ނެތްވަރު ހާމަ ވަމުން އިތުބާރު ކެނޑެމުން ދިޔުން ނޫން ކަމެއް ނުވެއެވެ. އެމްޑިޕީއަށް ރައްޔިތުން އިތުބާރު ކުރަނީ ވަކި މީހެއް ވެގެންނޫނެވެ. އެކަން ވަރަށް ސާފުކޮށް އެމްޑީޕީ މެންބަރު އެ ދަނީ ސާބިތުކޮށް ދެމުންނެވެ.

    ރައްޔިތުން މަޖިލީހުގެ ޕީޖީ ގްރޫޕްގެ ސްޕަރ މެޖޯރިޓީއާއި ގައުމީ މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއި ކޮންގްރަސްގެ ސްޕަރ މެޖޯރިޓީއާއި އެމްޑީޕީގެ ސެކެޓްރިއޭޓް ރައީސް ސާލިހުގެ ފަހަތްޕުޅުގައި ރުކުރުވާ ލެވިފައި އޮތީ އެމްޑީޕީގެ ކުރިމަގު އޮތީ ރައީސް ސާލިހުއާއި އެކުގައިކަން ގަބޫލު ކުރާތީއެވެ. މަރުވެފައިވާ ފިކުރެއްގައި ދިރުމެއް ނުއޮންނާނެކަން އެންމެން ދަނެއެވެ.

    ]]>
    Fri, 06 Jan 2023 20:06:56 +0500 ހީރަސް
    ގައްސާން މައުމޫނާއި އަންނި ކޯލިޝަން https://heerasnews.com/870 https://heerasnews.com/870 ޑރ. ވަހީދަކީ އަންނަ އިންތިހާބުގައި އިދިކޮޅު ޕީޕީއެމަށް އެންމެ ލާއިގު ކެންޑިޑޭޓް ކަމުގައި ދެކެވެއެވެ. ހުރިހާ ކެންޑިޑޭޓުންނާ ވާދަކޮށް އިރެއްގައި 5 ޕަަސެންޓް ލިބުނަސް އަބަދަކު އެކަން އޮންނާނީ އެހެނަކުން ނޫނެވެ.

    2013 ގެ އިންތިހާބަކީ ކައްޓަށް މަހަށް އެމްޑީޕީ ނުކުމެ ޑރ. ވަހީދާ ދެކޮޅަށް ކެމްޕޭނު ޖެއްސި އަހަރެވެ. އޭގެ ފަހުން 10 އަހަރުވީއެވެ. ރައީސް ވަހީދުގެ ހުރިހާ ހައިސިއްޔަތަކަށް ބަލާއިރު 7 ފެބްރުވަރީ ތެތަށް ކަނޑާފައި ވެސް ރައީސް ޔާމީނު ނެތް ތަނަކަށް ރިޔާސީ ކެންޑިޑޭޓްގެ ތިލަފަތުގައި މިހާރު އެންމެ ބޮޑު ބުރަދަނެއް ހުރި ބޭފުޅަކަށް އިދިކޮޅުން ކިރާލެވޭނީ ރައީސް ވަހީދެވެ. 

    އެހެން ނޫނަސް 7 ފެބްރުވަރީ އަކީ ޕީޕީއެމް މީހުންނަށް އޭގައި އެއްވެސް ނުބައެއް ނެތް ފަހުރުވެރި ކަމެއްގެ ގޮތުގައި އެމީހުން ދެކޭ ދުވަހެެކެވެ. ފެބްރުވަރީ 7 ގެ ސަބަބުން ޕީޕީއެމްގެ ތެރޭން ޑރ. ވަހީދަށް ގެއްލޭނެ އެންމެ ވޯޓެއްވެސް ނެތެވެ. 

    ފެބްރުވަރީ 7 އާއި އެމްއެމްޕީއާރުސީގެ ފަހުން ރައީސް ނަޝީދުވަނީ ހުރިހާ ކަމަކަށް ހިތްހެޔޮ ކުރައްވާ އެބޭފުޅުން ގެނެސް ކޯލިޝަން ހަދާ ކަރާ  ކަރު ޖައްސާފައެވެ.

    ރާއްޖޭގެ ވޯޓް އޮތީ މައިގަނޑު ދެބަޔަކަށެވެ. އެއީ ޕީޕީއެމް އާއި އެމްޑީޕީއެވެ. މިއިން ކޮންމެ ފަޅިޔަކުން ވެސް ފަހު ނަތީޖާގައި މެދު ރޮނގު ހުރަސް ކުރަނީ ބާކީ ތިބި  ސިޔާސީ ބަހާތަށް އެއްތަން ކޮށްގެންނެވެ. ރަައީސް ޔާމީނާ އެެއްބަސް ނުވެވުނަސް ޖުމްހޫރީ ގާސިމާއި، އަދާލަތު އިމްރާނާއި އެމް.އެން.ޕީ ނާޒިމަކީ ރައީސް ވަހީދާ އެކު ބައި ދައުރުގައި ވެރިކަން ކުރި ގާތް މީހުންނެވެ. ސިޔާސީ ސައްލާ ކޮށް، ވަހީދާ ގުޅި ލާމެހުން ދަތި ނޫން މޮޅު ފޮމިއުލާއެކެވެ. 

    ވީގޮތަކުން ރައީސް އިބޫ ބަލިކުރަން ބޭނުންވާ ދެފަޅިއެއް އެބަ ފެނެއެވެ. އެއް ބަޔަކީ ޝައްކެއް ނެތި ޕީޕއެމްއެވެ. އަނެއް ބަޔަކީ ރައީސް ނަޝީދާ އެމަނިކުފާނަށް ތާއީދު ކުރާ އެމްޑީޕީ މީހުންނެވެ. 7 ފެބްރުވަރީގެ ހިތިކަމުގެ ސަބަބުން ރައީސް އިބޫ ބަލި ކުރުމަށްޓަކާ ވެސް ޑރ. ވަހީދާ އެއްބައިވެ ބައިއަތު ހިފުމަކީ ރައީސް ނަޝީދަށް ވެގެން ކުރައްވާނެ ކަމެއް ނޫނެވެ. ސަބަބަކީ ރައީސް ނަޝީދުގެ ވެރިކަން ދުވަސް ނުފުރާ ބައިގެން ދިޔަ އެންމެ ބޮޑު ސަބަބަކީ ރައީސް ވަހީދެވެ.

    ދެން ހުރީ ރައީސް އިބޫއެވެ. ރައީސް ނަޝީދާ ދިވެހި ވެރިކަމާ ދެމެދަށް ހުރަސް އެޅި ވަފާތެރި ކެހިވެރިންގެ ގޮތުގައި އެ މަނިކުފާނު ދެެކެވަޑައިގަންނަވާނެ ދެބޭފުޅުންނަކީ ރައީސް ވަހީދާ ރައީސް އިބޫއެވެ. އެހެން ކަމުން ވަހީދަށް ބައިއަތު ނުހިފާ އިބޫ ބަލި ކުރުމަށްޓަކާ ރައީސް  ޔާމީނާ ގުޅެން ވެސް ތައްޔާރު ކަމުގެ އިޝާރާތް ރައީސް ނަޝީދު ވަނީ ކުރިން ވެސް ދެއްވާފައެވެ. 

    ތަގްދީރު ނިޔާ ކުރި ގޮތުން މިއަދަކު ރައީސް ޔާމީނެއް ނެތެވެ. ރައީސް ނަޝީދަށް މިހާރު ޖެހިވަޑައިގެންފައި އެވަނީ އެ މަނިކުފާނަށް ބައިއަތު ހިފަން ފަސޭހަ ޑރ. ވަހީދު ނޫން އެހެން ރިޔާސީ ކެންޑިޑޭޓެއް ޕީޕީއެމްގެ ތެރެއިން ހޯދުމެވެ.

    ތުންތުން މަތިން ވައި އަޑުން ރަށުތެރޭގަައި އަޑެއް އެބަ ކިޔައެވެ. އެއީ ޕީޕީއެމްގައި ހުންނެވި ރައީސް ނަޝީދުގެ ޗޮއިސްއަކީ ގައްސާން މައުމޫން ކަމުގެ އަޑުތަކެވެ.

    ނަޝީދުގެ އުންމީދަކީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ގައްސާން ހައްދަވައިގެން ރައީސް މައުމޫނާއި އެންދެރިމާގޭ އިލްޔާސްގެ ތާއީދާ އެކު ޕީޕީއެމްގެ ވެރިކަމެއް އުފައްދައިގެން ރައީސް އިބޫ ބަލިކޮށް ބީރައްޓެއްސަކަށް ވާތީ މާލޭން ވެސް ފައްސާ ނަގާލުން ކަމުގައި ވެދާނެއެވެ. ކުދި އާބާދީ އޮންނަ ރަށްތަކުގައި ބޮޑެތި މަޝްރޫޢުތައް ހިންގަވާތީ މިކެމްޕޭނުގައި ވެސް ނަޝީދު އެބަ ކުސަ ދަމައެވެ. 

    ނަޝީދު ހިސާބު ޖައްސަވާ ގޮތުން އޮނަރަބްލް ގާސިމް އިބްރާހީމަކީ އަދިވެސް އެންދެރިމާގެއިން ބޭނުން ނުވާ ގޮތަކަށް ނުހުންނެވޭނެ ބޭފުޅެކެވެ. ނަޝީދުގެ މިހިސާބު ދިމާ ވެއްޖެ ނަމަ ނަޝީދަށާއި އެމްޑީޕީއަށް މޮޅެއް ނުވިޔަސް އޯކޭއެވެ. އިބޫ ބަލި ކުރެއްވުމަކީ ނަޝީދުގެ ސިޔާސީ ހަޔާތުގައި މިހާރު ކުރައްވާ އެންމެ ބުރަ މަސައްކަތެވެ. 

    ތުހުމަތާއި އިލްޒާމާއި ފާޑުކިޔައިގެން ބަލިވާނެ ނަމަ ރައީސް އިބޫ ބަލިވިތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖަައީހެވެ. އެކަމަކު ރައީސް އިބޫ އަކީ އެއް އިރެއްގައި ވެސް ރަށުތެރޭގަައި އަތް އުކާ ގެރި ޒުވާބު ކުރާ ، އެމީހާ އެއްނޫނެވެ.

    ]]>
    Thu, 05 Jan 2023 14:28:36 +0500 ހީރަސް
    ވޯލްޑް ކަޕް ވިނަރސް https://heerasnews.com/869 https://heerasnews.com/869

    ]]>
    Thu, 05 Jan 2023 04:38:35 +0500 ހީރަސް
    ސިއްޕެ ކަނޑާލީތަ! https://heerasnews.com/867 https://heerasnews.com/867

    ދައުލަތް ހިންގުމަށް ސިޔާސީ މަގާމް ތަކަށް މީހުން އައްޔަނު ކުރުމާ ވަކި ކުރުމުގެ ބާރު ރައީސަށް ގާނޫނު އަސާސީ ލިބިދީފައި އޮވެއެވެ. އެހެނެކޭ ކިޔާ ރައީސް ސާލިހުގެ ވާދަވެރިއަކަށް ތާއީދުކޮށްގެން އެކަކުވެސް މަގާމުން ވަކި ކުރައްވާފައެއް އަދި ނެތެވެ. ދެލޯ ރަނގަޅަށް ފުހެލައިގެން ހަމަލޮލުން ރަނގަޅަށް ބަލައިލަ ބަލާށެވެ.

    ރައީސް ނަޝީދުވިދާޅު ވިޔަސް އެއްޔަކީ ހަގީގަތެއް ނޫނެވެ. އެކަން ރައީސް ނަޝީދަށް ވެސް ރަނގަޅަށް އެނގި ވަޑައި ގަންނަވާނެއެވެ. މީހަކު މަގާމަކުން ވަކި ކުރައްވާނެ ނަމަ ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް އެ އުޅުއްވާ ގޮތުން އެ މަނިކުފާނު އެ މަގާމުން ވަކި ކުރައްވާނެތާ ކިތަންމެ ދުވަހެކެވެ. ދެ އަނގަ ޖަމީލުމެން ވެސް ލޮލަށް ފުސް ބުރާފައި ތިބީމާ ވާނުވާ ނޭނގި އެހެން ކިޔާ ކޯތަޅުވަނީތާއެވެ.

    ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ހެއްދެވުނު އެއްޗެއް ހައްދަވައިގެން ރިޔާސީ ޓިކެޓް ހޯއްދަވާކަށް ރައީސް ސާލިހު ނޫޅުއްވައެވެ. ބާރެއް އޮތަތީ ބާރުގެ ބޭނުން ކުރައްވައިގެން ޕްރައިމަރީ ޓިކެޓް ހޯއްދެވުމަކަށް ރައީސް ސާލިހު ނޫޅުއްވައެވެ. ކޮންމެ މީހަކަށްމެ އެ މީހަކު އެދޭ މީހަކަށް މިނިވަން ކަމައެކު ވޯޓު ދީ ބަސް ބުނުމުގެ ހައްގު ހޯއްދަވާ ދެއްވުމަށް ވުރެން ރައީސް އެދި ވަޑައި ގަންނަވާ ކަމެއް ނެތެވެ.

    ރިޔާސީ ޕްރައިމަރީއަކީ ޓިކެޓްލިބި ވަޑައި ގަންނަވާ ބޭފުޅަކަށް ޓިކެޓް ލިބި ވަޑައި ގަތުމުން އެންމެން އެކުގާ އެކަތިގަނޑަކަށްވެ ރިޔާސީ އިންތިހާބު ޕާޓީއަށް ކަމިޔާބު ކުރުމަށް މަސައްކަތް ނުކުރެވޭ ވަރު ބޮޑުހުޅަކަށް ވާކަށް ރައީސް ސާލިހު ބޭނުން ފުޅެއް ނުވެއެވެ. މެންބަރަކު ތާއީދު ކުރާ ގޮތަކަށް ބައްލަވައިގެން މެންބަރުންނަށް ވަޒީފާގެ ބިރު ދެއްކެވުމަކީ ރައީސް ސާލިހު ކުރައްވާނެ ކަމެއް ނޫނެވެ. ކޮންމެ މީހެއްގެވެސް އަމިއްލަ އިހުތިޔާރުގައި އެމީހަކު ތާއީދު ކުރާނެ މީހަކަށް ތާއީދުކޮށް ވޯޓު ދިނުމަކީ ކޮންމެ މީހަކަށް އޮތް އަމިއްލަ ހައްގެއްކަން ރައީސަށް އޮޅިވަޑައެއް ނުގަންނަވައެވެ.

    ރައީސް ސާލިހު ސިޔާސީ މަގާމު ތަކަށް އައްޔަނު ކުރައްވަފައި ތިއްބެވި ސިޔާސީ އެތައް ވެރިންނެއް އެ މަނިކުފާނާ ޒާތީ ގޮތުން ދިމާ ކުރައްވާ ފާޅުގައި ދެކޮޅަށް ކެންޕޭން ކުރައްވަމުން އެތިބަ ގެންދަވަނީއެވެ. އެ ބޭފުޅުން ކުރެން "ތަށަށް ކިޔަނީ މަރިޔަނބުތޯ" ވެސް ރައީސް އައްސަވާ ނުލައްވައެވެ. ވަގުތުން ވަގުތައް ކަނޑާލާފައި ފޮނުއްވާލެއްވެން ތިބި ސިޔާސީ އެތައް ބަޔަކު ސިޔާސީ ގޮތުން ރައީސްއަށް ގޯނާ ކުރާއިރު މަގާމުން ވަކި ނުކޮށް ބޭތިއްބުމުގެ ކެތްތެރިކަމާއި ހިތްވަރު ރައީސް ސާލިހުގެ ކިބައިގައި އެބަހުއްޓެވެ. އެވަރުގެ ކެތްތެރި ބޭފުޅަކު ކުންފުނި ތަކުގައި އުޅޭ އާދައިގެ މުއައްޒަފުންނަށް ވަޒީފާގެ ބިރު ނުދައްކަވާނެކަން އެންމެ ތުއްތު ކުއްޖާއަށް ވެސް ގަބުލު ކުރެވޭނެއެވެ.

    ]]>
    Wed, 04 Jan 2023 20:53:03 +0500 ހީރަސް
    މުއައްޒަފުން މަސައްކަތުގާ ތިއްބާ މަޖުބޫރުން މުޒާހަރާއަށް https://heerasnews.com/866 https://heerasnews.com/866

    މާލެ ސިޓީކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ ހަރާކަތް ހިންގުމަށް މާލޭ ސިޓީ ކައުންސިލުގެ މުއައްޒަފުން ނުހަމަ ގޮތުގައި ބޭނުން ކުރަން ފަށައިފިއެވެ. ޕީޕީއެމުން ރާވައިގެން މާލޭގައި ހިންގާ ހަރާން އެއްވުން ތަކުގެ ތެރެއިން ރޭ އެއްވި އެއްވުމުގައި ގާނޫނާއި ހިލާފުވެ ފުލުހުންނަށް ނުކިޔަމަންތެރިވި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުއިއްޒު ހިމެނެއެވެ.

    މުއިއްޒު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން މާލެސިޓީ ކައުންސިލްގެ މުއައްޒަފުން ތަކެއް ރަސްމީ މަސައްކަތުގެ ވަގުތުގައި ކައުންސިލްގެ މަސައްކަތު ޔުނީފޯމުގައި ތިބެ މާލޭގައި ހުންނަ ޕޮލިސް ކަސްޓަޑީ (އަތޮޅުވެހި) ކައިރިއަށް އެއްކޮށް މުޒާހަރާ ކުރުވާ މުއިއްޒު ދޫކޮށްލުމަށް ގޮއްވައިފިއެވެ.

    މުއިއްޒު ދޫކޮށްލަން ގޮވާ ކުރި ހަރާން މުޒާހަރާގައި ގިނައިން ބައިވެރިވެފައި ވަނީ މާލޭގެ އާއްމު ސަރަހައްދު ތަކުން ކުނި ނެގުމަށް ވެމްކޯއާއި ވެފައިވާ އެއްބަސްވުން އައުނުކޮށް އެ ސަރަހައްދުތަކުން ކުނި ނެގުމުގެ ނަމުގައި އަލަށް ސިޓީކައުންސިލުން މުއިއްޒު ވަޒީފާ ދީގެންގެން ގުޅޭ މުއައްޒިފުން ކަމަށް އިތުބާރު ހުރި މަސްދަރު ތަކުން މައުލޫމާތު ދެއެވެ.

    ރޭ ފުލުހުންގެ ބެލުމުގެ ދަށަށް މުއިއްޒު ދިޔައީ ދުރާލާ ރޭވިގެން ކަމަށާއި ޔާމީނު ދޫކޮށްލުމުގެ ނަމުގައި ހިންގާ އެއްވުން ތަކަކީ ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ފައިނަގައިގެން މުއިއްޒާއި ގައްސާނު އިސްވެ ހިންގާ ހަރަކާތެއް ކަމަށްވެއެވެ.

    މާލޭ އިޖުތިމާއީ ސަރަހައްދުން ކުނި ނެގުމުގެ މަސައްކަތުގައި ތިބި މުއައްޒަފުންގެ ރަސްމީ މަސައްކަތް ހުއްޓުވާ ކުނި ނުނެގިޔަސް އަތޮޅު ވެހި ދޮށަށް ގޮސް މުއިއްޒު ދޫކޮށްލަން ގޮވާ ރަސްމީ މަސައްކަތުގެ ޔުނީފޯމުގައި ހަޅުތާލު ކުރަން ނިކުތުމަށް ސިޓީ ކައުންސިލުން މުއައްޒަފުންނަށް އަންގާ އަތޮޅުވެހި ދޮށަށް ފޮނުވީ ކަމަށް އެ ކަމުގައި ބައިވެރިވި ބައެއް މުއައްޒަފުން ހީރަސް ނިއުސްއަށް މައުލޫމާތު ދީފައިވެއެވެ.

    ]]>
    Wed, 04 Jan 2023 06:05:30 +0500 ހީރަސް
    ރިޔާސީ ޓިކެޓާ ބޮޑުވަގާ ހަރާން ހުކުން https://heerasnews.com/863 https://heerasnews.com/863

    މީހުންގެ ތެރެއަށް ނިކުމެ ޑރ. ޖަމީލު ވާހަކަ ދައްކަން ލަދު ނުގަންނަ ކަމެވެ. ލަދު ހަޔާތް ނުގަންނާތީ އަނގައެއް އޮތީތީ ތަޅުވަމުން މި ކަލޭގެ މި ދުވަނީ ކޮން އެއްޗެއް ބޮއެގެން ބާއެވެ. ދީނާއި ޝަރީއަތާއި ގާނޫނު ކިޔަވައިގެން ހުރި މީހަކު ތައައްސުބާއި ޒާތީ ހަސަދައިން ފޯވެގެން ހުރެ އުފަން ދަރިންނަށް މި ދައްކަނީ ކޮންނަމޫނައެއް ހެއްޔެވެ.

    ބުރާންތި ވިޔަސް ތިޔައީ ބޮޑުވަރެވެ. އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީނު ހެދީ މިއަދު ތިޔަަ ވާހަކަ ތިޔަ މޭރުމުން ދައްކަން ކަން އޮޅިގެން އުޅެނީ ކާކަށް ހެއްޔެވެ. ރިޝްވަތާއި މަނީލޯންޑަރ ކުރުމުގެ ތުހުމަތުތަކެއް ކުރެވި ތަހުގީގުތަކާއި ޝަރީއަތް ތައް ހިނގަ ހިނގާ އޮއްވާ ރެއެއްގެ އިރުއޮއްސިފާ އަލިވިލުނު އިރު ކުއްލިއަކަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓަށް ޔާމީނު ހެދީ މިއަދު ތިޔަ ހޭރުން ހޭރެން ވެގެންނެވެ.

    ހޭދެބައި ވެގެން ނޫޅޭށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ޔާމީނު އެމްއެމްޕީއާރުސީ ދަވާލި ވާހަކަ އެންމެ ބާރަށް ދެއްކީ ޖަމީލެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް އާއްމުންނާ ހަމަޔަށް ތިލަކުރި ގާސިމް އަބްދުލްކަރީމް އޭނާ ހުރި މަގާމުން ވަކިކޮށް ޖަލަށްލާ އޭނާގެ ޒިންދަގީ ދުއްވާލި ވާހަކަ އެންމެ ބާރަށް ދެއްކީ ޖަމީލެވެ. އޭރު ޖަމީލު ބުނި ބޮޑުވަގުގެ މައްޗަށް ޝަރީއަތް ހިންގާ ދިފާއު ނުވެވިގެންނާއި ދޮގު ހެކި އުފައްދައިގެން ވެސް ދިފާއުކޮށް ނުދެވި ކުށް ސާބިތުވެ ޖަލަށް ލީމާ ޔާމީނުގެ މައްޗަށް ކުރީ ސިޔާސީ ދައުވާ އަކަށް ޖަމީލަށް ވެއްޖެއެވެ. ކުރި ހުކުމް ހަރާން ވެއްޖެއެވެ.

    ޖަމީލު ބުނާ ގޮތުން ރިޔާސީ ޓިކެޓެއް އޮވެއްޖެއްޔާ ކިތަންމެ ބޮޑު ވަގަކަށް ވެސް ޝަރީއަތްކޮށް އަދަބު ދީގެން ނުވާނެއެވެ. ކޮންމެ ރިޔާސީ އިންތިހާބަކާ ދިމާކޮށް ބޮޑެތިހާ ވަގުންނާއި ގާތިލުންނާއި ބިލާދަރު ހުރިހާ މުޖުރިމުން ރިޔާސީ ރޭހުގައި ވާދަ ކުރަން ނިންމުމުން ފަނޑިޔާރުންގެ މުގުރުބިނދި ކިލައެއް މިލައެއް ނެތް މައުސޫމު ތުއްތު ކުއްޖެއްހާ މުޖުރިމުން ތޯހިރު ވާނެއެވެ. އެ މީހުންގެ މައްޗަށް ތުހުމަތެއް ތަހުގީގެއް ޝަރީއަތެއް ހިނގައިގެން ނުވާނެއެވެ. ރިޔާސީ ޓިކެޓެއްގައި ހުރި މީހަކަށް އަދަބެއް ލިބޭފަދަ ހުކުމެއް ކޮށްފިނަމަ އެވާނީ ހަރާން ހުކުމަކަށެވެ. ކިތަންމެ ބޮޑު މުޖުރިމަކަށް ވިޔަސް ވެހެވެ.

    ހަމަ ތެދެކެވެ. ދޮގު ހެދުމާ ދޮގުވާހަކަ ފެތުރުމުގައި ޖަމީލު ހުރީ އަބޫލަހަބުގެ އަނބި އުއްމު ޖަމީލަށް ވުރެ މާކުރީގައެވެ. ޝަރީއަތެއްކޮށް ސާބިތު ނުކުރިޔަސް ޖަމީލަކީ މި އުޑުދަށުގައި ހުރި އެންމެ ބޮޑު ދޮގުވެރިޔާކަން ޝައްކެއް ނެތް މިންވަރަށް ސާބިތެވެ. ކޯޓުން ކުރާ ހުކުމްތައް ކަމުނުގޮސްގެން ކޯޓުގެ ހުރުމަތްކަނޑާ ކޯޓުތަކުގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރާ ޖަމީލުމެން ކަހަލަ ފާސިގުންނަށް ވަކާލާތުކުރަން ފުރުސަތު ކޯޓުތަކުން ދޭތީ ހައިރާން ވެއެވެ. ވަކާލާތުކޮށްގެން ހަރާން ލާރިކާން ޖަމީލުމެނަށް ޖާގަ ދީގެން ތިބޭ ހާ ދުވަހަކު ރާއްޖޭގެ ކޯޓުތަކަށް ހުރުމަތެއް ލިބުނަކަ ނުދޭނެއެވެ.

    ]]>
    Wed, 04 Jan 2023 01:38:13 +0500 ހީރަސް
    އަދުރޭ އަކީ އިބޫގެ އެޖެންޓެއް! https://heerasnews.com/862 https://heerasnews.com/862 ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި ދުވަހުގެ އެވަގުތުން ފެށިގެން އަދުރޭ ކުރަނީ ދެކަމެވެ. އެއްކަމަކީ ގަދަ ބަސްބުނެ ކަމުން ރެކި ޕާޓީ މީހުން މަގުމަތީގައި ގޭނި ހުސްވުމަށް ހިތްވަރުދީ އެތެރެއަށް ހޭން ދުރުގައި ހުރުމެވެ. ދެވަނަ ކަމަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓޭ ނޫސްވެރިޔަކު ބުނަން އުޅޭހެން ހީވިޔަސް އަވަހަށް އެ ވާހަކަ އޮއްބާލާ ކުރިމަރާލުމެވެ.

    އަދުރޭ މިކުރާ 2 ކަންތަކުން ވެސް ޕީޕީއެމަށް އޮތީ ގެއްލުމެވެ. މި ވަގުތު ވާން ނެތް ކަމެއްގެ އަވާގައި މެންބަރުން ވަޖިދު ކުރުވައިގެން މަގުމަތީގައި ގޭނި ވަރަކަށް، ގޭނި ހުސްވާނީއެވެ. ވަރުބަލިވެ މާޔޫސްވެ ފޫހިވާނީއެވެ.

    ޕާޓީ މެމްބަރުން ކިތަންމެ ހިތް ނޭދުނަސް ރައީސް ޔާން ވެއްޓިފައި އެ ވަނީ ފަސޭހަ ރަހުމަތަކުން އަރައި ނުގަނެވޭނެ ވަރުގެ ފުން ވަޅު ގަނޑަކަށެވެ. އަނެއް ކޮޅުން ފުއްގިިރި ކިޔާ ހައިމާކަކުން އަނެއްކާ އެވަޅުގަނޑު ކޮންނަން ފަށައިފިއެވެ. ވިއްޔާ އެ ވަޅުގަނޑު ދެން ވެސް ވާނީ ފުނެވެ. ގައިމު ވެސް ތިލައެއް ނުވާނެއެވެ. އަޑިން ބޮޑުވެ އޮއެ ކަނދެއްހެން މައްޗަށް އެރުން ނޫން ގޮތެއް އެ ފަކީރަކަށް ނެތެވެ.

    ޕީޕީއެމް ކުދިން ހިތުގައި އެއްޗެއް ނުލައި ރައީސް ޔާމީންގެ ޝަރީޢަތުގެ ތެރޭން އެ މަނިކުފާނަށް ޖަމީލު ދޭނެ ކެހި ކަމަށް ލަފާކޮށް އޭރު މިނޫހުން ލިޔެފަ ހުރި ލިއުންތައް އަކުރުން އަކުރަށް ނިކަން ކިޔާލަ ބަލާށެވެ.

    ދެން ވެސް ރައީސް ޔާމީނަށް ހެވެއް އެދެންޏާ ރައީސް ޔާމީނުގެ ވައްކަމާއި ކޮރަޕްޝަނާއި މަނީލޯންޑަރިން އާއި ގުޅޭ މައްސަލަ ތަކުގެ ވަކީލުންގެ ބެންޗާ ވީހާ ފެއަށް ޖަމީލު ޖައްސަން ޖެހެއެވެ. 

    ބުނީމާ ގަބޫލު ކުރާށެވެ. އިންސާނުންނާ ގާތް ކުރަން ހެޔޮ ނުވާ ރާއްޖޭގައި ތިބީ ހަމައެކަނި 2 މީހުން ކަމަށް ވަންޏާ އެއީ ޖަމީލާއި މަލީހާ ދެބޭންނެވެ. ލަދެއް ނުގަންނާނެއެވެ. އެކިއިރު ކިޔާނީ އެކި އެއްޗެވެ. ދެންމެ ދެއްކި ވާހަަކަ އޭގެ ދިމާ އިދިކޮޅަށް އަނެއް ސިކުންތުގައި ދައްކާ އިރު މޫނަށް ރުލެއް ވެސް ނާރުވާނެއެވެ. ކުރިމަތީގައި ނިކަން ހެވިފައެވެ. ހަމަ ފުރަގަސް ދިނީ ކަށި ހަފާ ކާނެއެވެ. މުނާފިގު ވުމަކީ އެލަރޖިކްވުން ކަހަލަ ކަމެއް ނަމަ އަބަދު ތިބޭނީ ގައި ހިރުވާށެވެ.

    ޕީޕީއެމަށް ވެސް ރަަައީސް ޔާމީނަށް ވެސް އެންމެ ރަނގަޅު ގޮތަކީ އަދުރޭއަށް ހެއްލިގެން ފެން ނެތްތާ ބަކަ ތަޅަން ނުތިބެ އަވަހަށް ރިޔާސީ ކެންޑިޑޭޓެއް ނެރުމެވެ.

    ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގަައި ހުންނަވައިގެން ރައީސް ޔާމީނު ވިދާޅުވިހާ ގޮތަކަށް މީގެ ކުރިން ވެސް ކަން ކުރެއްވި އިހުލާސްތެރި އަކީ ޑޮކްޓަރ ވަހީދެވެ. މުއިއްޒުގެ ވެރިކަމެއްގައި އޭނާއަށް ވެގެން ކުރިއްޔާ ކުރާނެ ކަމަކީ އަވަސްވީ ގޮތަކުން ނޭކުރެންދޫ ޖަލު ނިންމާ ހދ އަތޮޅާ ހަމައަށް ރައީސް އޮފީހާ ދުރަށް ރައީސް ޔާމީނު ޖެއްސުމެވެ. ސަބަބަކީ ރައީސް ޔާމީނަށް މިނިވަންކަން ލިބޭ ވަރަކަށް ރައީސް މުއިއްޒުގެ ބާރުތައް ކުޑަވެ ފާޓު ހަނިވާނެ ކަމުގެ ބިރު މުއިއްޒަށް އޮންނާނެއެވެ.

    ވަކި މުއިއްޒެއް ނޫނެވެ. ޑރ. ވަހީދު ނޫނީ ޕީޕީއެމުން އެއިތުބާރު ކުރަން ހެޔޮވާ ވަރުގެ އެކަކު ވެސް ނުފެނެއެވެ. ރައީސް ގައްސާންގެ ވެރިކަމުގައި ވާނީ އެހެން ގޮތެކެވެ. އޭރުން ރައީސް މައުމޫންގެ ލޮސްޓް ޕެރެޑައިޒް އަނބުރާ ލިބުނީއެވެ. ޕީޕީއެމްގެ އެންމެ އަލިގަދަ ތަރީގެ އެވޯޑާ އެގޮނޑި ރައީސް މައުމޫނު ނެންގެވުމުން ދެން އެވީ ރައީސް ޔާމީނަށް އެންމެ ދެރަގޮތެވެ.

    ކާނަލް ނާޒިމާއި ސަންސިޔާމާއި ގާސިމަށް ވެސް ޑރ. ވަހީދާ ހަތަރު ކަޅި ހަމަކޮށް ހީސަމާސާކޮށް އެކުގައި ދުފާ ދުންބޮއެ ހަދަން ފަސޭހަ ވާނެއެވެ. އެ ބޭބޭފުޅުން އެއްގަލަށް ނާރާނެ ތިއްބެވީ 2 ބޭފުޅެކެވެ. އެއީ ރައީސް ޔާމީނާ ރައީސް ނަޝީދެވެ. 

    ރައީސް ވަހީދު ނޫން ބޭފުޅަކަށް ޕީޕީއެމްގެ ޓިކެޓް ލިބިއްޖެ ނަމަ ފަހަތަށް އަރާ ލީޑަރުން ނެތި އިންތިހާބު ގެއްލޭނެއެވެ. ހަމަ އެގޮތަށް ރަައީސް ނަޝީދަށް އެމްޑީޕީ ޓިކެޓް ލިބުނަސް ފަހަތަށް އަރާނެ އެހެން ލީޑަރަކު ނުވެ 2023 ގައި އެމްޑީޕީ އޮޔާ ދާނެއެވެ.

    މިލަގާ އެމްޑީޕީއަށް ދިނުމަށްޓަކާ ރަައީސް ނަޝީދަށް އެމްޑީޕީގެ ޓިކެޓް ހޯދައިދިނުމަށް ޕީޕީއެމްގެ ހާޑްކޯ ބައެއް މީހުން އެއުޅޭ އުޅުމަކީ ޕީޕީއެމުން ކުރާ  މޮޅު  ކަމެކެވެ. ރައީސް ނަޝީދުގެ ޓީމާ އެކު ކްލަބް ހަައުސް ފޯރަމް ތަކުގައާއި ކެމްޕޭން އެއްވުންތައް ޕްރޮމޯޓް ކުރުމުގައި ވެސް ޕީޕީއެމްގެ މިދެންނެވި މީހުން އަވަދި ނެތި އެބަ އުޅެއެވެ.

    ތެދުތެދަށް ބުނާ ނަމަ ގިނަ ބަޔަކާ ގުޅިގެން 2023 ކާމިޔާބު ކުރުމުގެ ފުރްޞަތު ބޮޑު ދެބޭފުޅުން އެބަ ފެނެއެވެ. އެއީ އެމްޑީޕީ ނަމަ ރައީސް ސާލިހެވެ. ޕީޕީއެމް ނަމަ ރައީސް ވަހީދެވެ.

    ސުވާލަކީ ޕީޕީއެމް މަގުމަތިކޮށްގެން ކެންޑިޑޭޓެއް ދެއްކިޔަ ނުދީ ހިފަހައްޓަން އަދުރޭ މިހާ ގަދަފައި ވިއްދާފަައި މިހުރީ ކާކުގެ އެޖެންޓެއްގެ ގޮތުގައި ހެއްޔެވެ؟ ގާސިމް އިބްރާހިމް ހެއްޔެވެ؟ ނޫނީ އަދުރޭ އަކީ ރައީސް ސާލިހުގެ އެޖެންޓަކީ ހެއްޔެވެ.

    ]]>
    Tue, 03 Jan 2023 19:27:07 +0500 ހީރަސް
    ނަޝީދު އަމިއްލަ އެދުން އިސްކޮށް ޕާޓީ ފުނޑާލުން! https://heerasnews.com/861 https://heerasnews.com/861 ރައީސް ސަލިހުގެ ވެރިކަން ފެށުނުއިރު ގައުމުގައި ތިބިއްޔާ ތިބި ސިޔާސީ ލީޑަރުން ތިބީ އެކަހެރި ކޮށްފައެވެ. އެއް ބަޔަކު ޖަލުގައެވެ. އަނެއް ބަޔަކު ބޭރު ގައުމު ތަކުގައި އަމިއްލަޔަށް އަރުވާލެވިގެންނެވެ. މަކަރަކުން ނަމަވެސް ފިލައިގެން ގޮސް އުޅުނީ އަތުނުޖެހޭ ހިސާބުގައެވެ. ޔާމީނުގެ އަނިޔާވެރިކަމަށް ކެއް ނުކުރެވިގެންނެވެ.

    އެމްޑީޕީ އަކީ އެންމެ ތާއީދު ބޮޑު އަދި އެންމެ މެމްބަރުން ވެސް ގިނަ ޕާޓީއަށް ވީހިނދު ދޮންނަ މެޝިނާއި ސިމެންތި ގަށާ މެޝިނަށް ވޯޓު އަލައިގެން ވެސް މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ ޓިކެޓު އޮތީ ދީފައެވެ. އޭރު އެ މަނިކުފާނު ގެންދެވީ ޖަލު ހުކުމެއް ބޮލުއަޅައިގެން އެހުކުން ތަންފީޒު ކުރައްވަމުންނެވެ. ވެރިކަމަށް ކުރިމަތި ނުލެއްވޭނެ ކަން ޔަގީން ވާއިރު ވެސް ބޭރު ގައުމުތަކުގެ އެހީތެރިކަން ވެސް ލިބޭތޯ ބައްލަވައިގެން ހަމަ ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތް ކުރެއްވީ މައިބަދައަށް ފަރުވާ ކުރެއްވުމުގެ ނަމުގައި ބޭރުގައި ފިއްލަވާ ހުންވައި ގެންނެވެ.

    އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުން ތަކެއް އަވަށްޓެރި ސްރީލަންކާއަށް ގެންދަވައި އެ މަނިކުފާނު ހިތްޕުޅުން ރަސްމީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ކަމަށް ދަށްކަވައިގެން ބޭއްވި ބައްދަލުވުމުގައި ހުށައެޅުއްވީ ރައީސް ނަޝީދަށް ކުރިމަތި ނުލެއްވޭ ނަމަ އެމްޑީޕީއިން 2018 ގެ ރިޔާސީ އިންތިހާބު ބޮއިކަޓް ކުރުމަށެވެ. ނަމަވެސް ހިޔާލު ތަފާތުވެ ބައެއް މެމްބަރުން އެކަމާ އިދިކޮޅުވެ އާންމު މެމްބަރުންގެ ހައްގުގައި ތެދުވުމުން ގޮތް ހުސްވެ އެންމެ ފަހުން ޖެހިވަޑައިގަތީ ރިޔާސީ ޓިކެޓް ދޫކޮށް ލައްވާށެވެ. ގައުމު އޮތް ހާލަތާއި ވެރިކަމުގެ އަނިޔާވެރިކަމުގެ ސަބަބުން ކުރިމަތި ކޮށްފާނެ ނުރައްކާ ތަކަށް ފަސްޖެހި ވަޑައިނުގެން އުކުޅަހު ކޮންގްރެސްގެ ނިންމުމާ އެއްގޮތަށް ރިޔާސީ ޓިކެޓްގައި ހިއްޕެވީ އެއިރުގެ މަޖިލިސް މެމްބަރ ހިންނަވަރު ނޫރާނީގޭ އިބުރާހީމް މުހައްމަދު ސާލިހުއެވެ.

    ވެރިކަމުގައި ހުންނެވި ޔާމީނު އެކަން ގަބޫލުކުރެއްވީ މަކަރުވެރި ރޭވުން ތަކެއްގެ ތެރެއިންނެވެ. ރާއްޖެ ތެރެއަށް ނިސްބަތްވާ އާދައިގެ އާއިލާޔަކުން ނުކުންނަ މީހަކަށް ރައްޔިތުން ވެރިކަން ނުދޭނެ ކަމުގައި ޔާމީނަށް ދެމުންދިޔަ ލަފާގެ މަތިންނެވެ. އެ ކާޑު ވިއްކައިގެން ގިނަ އަދަދެއްގެ ވޯޓު ޔާމީނު ހޯއްދެވި ނަމަވެސް ކޯލިޝަންއާއި އެކުގައި ނުކުމެ ވަޑައިގެން ރައީސް އިބޫ ވަނީ ބޮޑު އަގުލަބިއްޔަތަކުން ވެރިކަން ކަށަވަރު ކުރަށްވާފައެވެ. އެއްބުރުންނެވެ. 

    އެހިނދުން އެހިނދަށް ބާތިލް ހުކުމް ތަކުގައި ތިއްބެވި ސިޔާސީ އެންމެހައި ލީޑަރުން މިނިވަންވެގެން ދިޔައެވެ.  ނަމަވެސް އެ ދުވަހުން ފެށިގެން ވެސް ރައީސް ނަޝީދު ގެންދެވީ އެކި ގޮތްގޮތުން ވެރިކަމަށް ފައިނަންގަވަމުންނެވެ. އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސް އަކީ ބަގާވާތެއް ކަމުގައި ސިފަ ކުރައްވައި ޕާޓީއަށް ގޮންޖެހުންތައް ކުރިމަތި ކުރައްވަމުން ގެންދެވީ ގާނޫނު އަސާސީ އަކަށް ބެލެވުމެއް ނެތިއެވެ.

    ތަބަކަކަށް ލާފައި ބޮޑުވަޒީރުކަން ހަވާލު ކުރުމަށް ގޮވާލެއްވިއިރު މުޅި ދުނިޔެއާއި އެކު ދިވެހީން ވެސް ތިބީ އަނގަޔާ އަތާ ދިމާނުވާ ހާލުގައި ފުރަބަންދުގައެވެ. ވެރިކަމުގެ ނިޒާމު ބަދަލުކޮށްގެން މެނުވީ އެކަން ކުރެވެން ނެތްކަން އެނގިވަޑައި ގަތީ އަދި ފަހުންނެވެ. އެހާވެސް އެ މަނިކުފާނުންގެ ދަހިވެތިކަން ވެރިކަމަށް ހަމަ ބޮޑީއެވެ. ވެރިކަން ކުރަމުން ދަނީ އެމްޑީޕީ އިސްކޮށް އޮވެގެން ކޯލިޝަނަކުންކަން އެގިހުރެ އެ މީހުންގެ ރައުޔާ ވެސްހިލާފަށް އަވަސް އަރުއްވާލައްވައި އެކަމަށް ގޮވާލައްވަމުން ގެންދެވީ ހަމައެކަނި އަމިއްލަ އެދުންފުޅުގައިކަން މިއަދު މި ދަނީ ފެންނަމުންނެވެ.

    ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަން ނުދޭނަމަ " އާނ ދޮގޭ ! ވެރިކަންވަށްޓާލާނަމޭ " ވިދާޅުވެ ނުކުންނަވާ އެ އުޅުއްވާ ގޮތަކުން މިއަދު ކުރީން އެމަނިކުފާނަށް ލިބުނު ތާއީދު ގެ އިރުއޮސް ފުހިއްޖެއެވެ. "ރާއްޖޭގެ އައީސްކަން ބޭނުމެއް ނޫނޭ. ބޭނުމީ ބޮޑުވަޒީރުކަމޭ" ގޮވާނެންގެވުމަށް ފަހު މިއަދު ރިއާސީ ޕްރައިމަރީއަށް އެމްޑީޕީން ގޮވާލުމުން ކުރީން ހަތުރެއް ކަމުގައި ތިބިި އަޒާނައި ޔާމީނުގެ ކުދިންކޮޅު އެއްކޮށްގެން ތަންތާ ބޮޑެތި ޑުރާމާތައް ކުޅުއްވަމުންމުން އެ ގެންދަވަނީ " ތިމަންނާޔަށް ވެރިކަން ނުލިބޭނަމަ ޕާޓީ ފުނޑާލާނެކަމުގެ " އިންޒާރު ދެއްވަމުންނެވެ.

    ފަހަކަށް އައިސް ގައުމެއްގެ ވެރިކަން ހޯދަން މީހަކު ނުކުރާހާ ހަޔާތް ކުޑަކޮށް ރައީސް ނަޝީދު އެގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.  ރަތް މަހަށް ނުގޮވާހާ އެއްޗެތި ކުރީގެ އެންމެ ގާތް އެކުވެރިޔާ ކަމުގައި އެ ދުލުން ވިދާޅުވި ރައީސް އިބޫއަށް ޕްރެޝަރކޮށް ބްލެކްމެއިލް ކުރާން އުޅޭހެން ވެސް ހީވެއެވެ. ދޭތެރެޔަކުން ޒިނޭގެ ތުހުމަތު އަޅުވަފާނެއެވެ. އިރުކޮޅަކުން އެކަމާ އިންކާރު ކޮށްފާނެއެވެ. ބަޔަކު ރައީސް ނަޝީދަށް ދިން މަރުގެ ހަމަލާއަކީ ވެސް މިހާރު ރައީސް ނަޝީދު އާއި އޭނާގެ ބައިވެރިން ދެކޭ ގޮތުގައި މި ސަރުކާރުން ކުރުވި ކަމެކެވެ. މިހާލަތަށް މީހާވެއްޓި މިއަދު ރައީސް ނަޝީދުގެ ސަބަބުން މިގައުމު އަނެއްކާ ވެސް ހަލާކުގެ މަގަށް އެނބުރިދާ މިންވަރަށް އެގެންދަވަނީ އެނގިވަޑައިގެން ހުންނަވާ މަސައްކަތް ކުރައްވަމުންނެވެ.

    ރާއްޖޭގައި އަދިވެސް އެކުލަވާލެވޭނީ އެއްބައިވަންތް ތަފާތު ފިކުރުތައް ހިމެނޭ ކޯލިޝަން ވެރިކަމެއްކަން ޔަގީންވާ ހިނދު ހަމަ އެހެންމެ ރައީސް ނަޝީދުގެ ވެރިކަމުގައި ކޯލިޝަންއަށް ޖެއްސިހާލު އެނގިހުރެ އެއްވެސް އެހެން ބަޔަކު އެ މަނިކުފާނަށް އިތުބާރު ނުކުރާނެކަން ހޮދު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ރައީސް ނަޝީދަށެވެ.  ނަމަވެސް ގޮތް ދޫނުކުރައްވާ މި ގައުމު ހަލާކުގެ ހަރާން މަގަށް ވަށްޓާލުމަށް އެކުރައްވާ ، މަސްކަތް އެދަނީ ހަމަ ކުރައްވަމުންނެވެ  ޔަގީނުން ވެސް ވެރިކަން ދެން ލިބިވަޑައިނުގަންނަވާނެކަން ކަށަވަރުވެ ޔަގީންވެ ވަދައިގަތުމުން ބުއްދިފިލައި މިއަދު ހަމަ އެކުރައްވާ ކަމަކީ ތިމާޔަށް ވެރިކަން ލިބިވަޑައި ނުގަންނަވާ ނަމަ ޕާޓީއާއި ގައުމު ފުނޑާލުމުގެ މަސައްކަތެވެ.

    ]]>
    Mon, 02 Jan 2023 14:02:33 +0500 ހީރަސް
    އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަން: ރޭޑިއޮގްރަފީ ބައިވެރިން ތަޖުރިބާ ހޯދުން https://heerasnews.com/859 https://heerasnews.com/859 އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަން އަކީ މުޖުތަމައަށް ބޭނުންވާ ފަންނުވެރިން މަދު ދައިރާތަކުން މީހުން ބިނާ ކުރުމަށް ހާއްސަކޮށްގެ ހިންގާ އިންސްޓިއުޝަނެކެވެ.ރޭޑިއޮގްރާފަރުންނަކީ ރާއްޖޭގައި ވަރަށް މަދު އެހެނަސް އިންތިހާއަށް ބެނުން ބައެކެވެ. އެކަން އެސްޓީއޯއަށް ފާހަގަކުރެވި އެންމެ ފުރަތަމަ ވެސް އިސްކަން ދިން އެއްކަމަކީ ރޭޑިއޯގްރަފީގެ ރޮގުން މީހުން ބިނާ ކުރުމެވެ.

    އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުން މީހުން ބިނާ ކުރުމުގައި އެ ދައިރާއެއްގެ މައުލޫމަތާ އަމަލީ ތަޖުރިބާ ބައިވެރިންނަށް ވީހާވެސް ފުޅާކޮށް ފޯރުކޮށް ދިނުމަކީ އެހާމެ އިސްކަންދޭ ކަމެކެވެ. އެގޮތުން އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުގައި މިހާރު ހިންގަމުންދާ ރޭޑިއޯގްރަފީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް ވެސް އެފުރުސަތު ގެންދަނީ ހޯދާ ދެމުންނެވެ. ވީހާވެސް ފުޅާ ދާއިރާއެއްގައެވެ. އެއްތަނަށް ވުރެ ގިނަ ތަންތަނުންނެވެ.

    އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުގައި ހިންގަމުންދާ ރޭޑިއޮގްރަފީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް މައުލޫމާތާއި ތަޖުރިބާ ހޯދާ ދިނުމުގެ ސިލްސިލާއެއް ފަށައިގެން ކުރިއަށް މިހާރު އެބަގެން ދެއެވެ. މާލޭގެ ބައެއް ބޮޑެތި ހޮސްޕިޓަލް ތަކަށް ބައިވެރިން ޒިޔާރަތް ކުރުވައިގެންނެވެ.

    ރޭޑިއޮގްރަޕީ ޑިޕްލޮމާ ކޯހުގެ ދަރިވަރުން ހުޅުމާލެ ހޮސްޕީޓަލަށް ޒިޔާރަތްކޮށް ރޭޑިއޮގްރަޕީގެ އާލާތްތަކާއި ރައްކާތެރިކަމުގެ މިންގަނޑުތައް ދެނެގަތެވެ.

    ޓްރީޓޮޕް ހޮސްޕިޓަލްގެ ރޭޑިއޯގްރަފީ ޑިޕަރޓްމަންޓަށް އެ ދަރިވަރުން ކުރި ޒިޔަރަތުގައި އެ ހޮސްޕިޓަލްގެ ރޭޑިއޮގްރަފީގެ ކަންކަމާއި ސަލާމަތީ މިންގަދުތައް ދަލާ ދަސްކުރިއެވެ.

    ބައިވެރިން އައިޖީއެމްއެޗަށް ކުރި ޒިޔާރަތުން ވެސް ދެނެގަނެ ދަސްކުރީ ރޭޑިއޮލޮޖީ އާލަތްތަކާއި އެ ތަކެތި ބޭނުންކުރުގައި ރައްކާތެރިވަންޖެހޭ

    ކަންކަމާއި ސަލާމަތީ މިންގަނޑުތަކެވެ.

    އެސްޓީއޯ ޓްރޭނިންގ އިންސްޓިއުޝަނުގެ ރޭޑިއޮގްރަފީ ޑިޕްލޮމާ ކޯހުގެ ބައިވެރިންނަށް އެކުދިން ޒިޔާރަތްކުރި ހޮސްޕިޓަލްތަކުން ދިން އެއްބާރުލުމާއި އެހީތެރިކަމާއި މެހެމާންދާރީ އަށް އެސްޓީއޯއިން ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރެއެވެ.

    ]]>
    Mon, 02 Jan 2023 00:28:03 +0500 ހީރަސް
    ފެނަކަ: އައު އަހަރުގެ ތަހުނިޔާ https://heerasnews.com/856 https://heerasnews.com/856 މީލާދީ އާ އަހަރުގެ އިހުލާސް ތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފެނަކައިން ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލް ޖުމްހޫރިއްޔާއަށް އަރިސްކޮށްފިއެވެ. ހަމަ އެ އާއި އެކު ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވެސް އައު އަހަރުގެ ތަހުނިޔާ ފެނަކަ ކޯޕަރޭޝަނުން ފޮނުވައެވެ.

    2023 ވަނަ އަހަރަކީ ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުމަކީ ފެނަކައިގެ ދުއާއެވެ. 

    ފެނަކަ ކޯޕަރޭޝަނަކީ ކަރަންޓާ ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފައްދާ ހިންނަމުން އަންނަ ކުންފުންޏެކެވެ. ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ވ، އއ، އދ، ކ އަދި މަލެ ސިޓީ ފިޔަވާ އެހެން ހުރިހާ ސިޓީއަކާއި އަތޮޅު ތަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ދެނީ ފެނަކައިންނެވެ. 

    ]]>
    Sun, 01 Jan 2023 18:39:22 +0500 ހީރަސް
    ސްޓެލްކޯ: އައު އަހަރުގެ ތަހުނިޔާ https://heerasnews.com/855 https://heerasnews.com/855 މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ސްޓެލްކޯއިން އެންމެހާ ކަސްޓަމަރުންނަށާއި، އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކޮށްފިއެވެ. ސްޓެލްކޯއިން އައު އަހަރުގެ ތަހުނިޔާ ފޮނުވާފައިވަނީ އެކުންފުނިން ކުރި ޓްވީތްއަކުންނެވެ.

    ސްޓެލްކޯގެ ދުއާ އަކީ މި ފެށޭ އައު އަހަރަކީ ހުރިހާ ގޮތަކުން ވެސް ބާއްޖަވެރި އަދި އުފާފާގަތި އަހަރަކަށް ވެގެންދިއުމެވެ. 

    ސްޓެލްކޯއަކީ ގްރޭޓް މަލޭ އޭރިއާއަށް ކަރަންޓްގެ ހިދުމަތް ފޯރު ކޮށް ދިނުމާއި މާލެއަތޮޅާއި އަރިއަތޮޅާއި ފެލިދެއަތޮޅުގެ ހުރިހާ ރަށަކަށް ފެނާ ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުންޏެވެ. އިޖުތިމާއީ ޒިންމާގެ ދަށުން އިހުތިސާސްގައިވާ ރަށްރަށުގެ އެހެނިހެން ހިދުމަތްތައް ދިނުމުގައި ސްޓެލްކޯގެ ބައިވެރިވުން ވަރަށް ބޮޑެވެ. 

    ]]>
    Sun, 01 Jan 2023 17:56:40 +0500 ހީރަސް
    2023: ފޮނި އުންމީދުތަކެއް ހާސިލު ކުރެވޭނެ އަހަރެއް https://heerasnews.com/854 https://heerasnews.com/854 2023 ވަނަ އަހަރަކީ އުންމީދު ތަކެއް ގެނުވާނެ އަހަރެއް ކަމާ މެދު ޝައްކެއް ނެތެވެ. އުންމީދު ތަކެއް ގެނުވާނީ އެކަންޏެއް ނޫނެވެ. ފޮނި އުންމީދުތަކެއް ހާސިލު ކުރެވޭނެ އަހަރަކަށް 2023 ވެގެން ދާނެއެވެ. ޓެކްހާ އިންފްލޭޝަންގެ ވާހަކަ ދައްކައިގެން ރައްޔިތުން ނުތަނަވަސް ކުރުވަން ސިޔާސީ ގޮތުން ޕީޕީއެމްއާއި ރައީސް ނަޝީދު އުޅުއްވިޔަސް މި އަހަރަކީ ދިވެހިންނަށް އުފާ ފާގަތި އަހަރަކަށް ވާނެއެވެ.

    މުޅި ރާއްޖެ އާރުޓީއެލް ފެރީ ނިޒާމުން ގުޅި ދަތުރު ފަތުރު ކުރުމަށް ރައްޔިތު މީހާގެ ޖީބުން ކުރަމުން އައި ބޮޑު ހޭދަ ނުކޮށް އާމްދަނީގެ ބޮޑު ބައެއް ރައްކާ ކުރެވޭނެއެވެ. އެއް ރަށުގައި އުފައްދާ ތަކެތި މުޅި ރާއްޖޭގެ އެތަން މި ތަނަށް ފޯރުކޮށް ދެވި އާމްދަނީ ހޯދުމުގެ މާކެޓް ފުޅާވެ ޖީބުތައް ތިޔާގި ވާނެއެވެ. ގޭގައި ހުންނަ ކޮޓަރި ކުއްޔަށް ދީގެން ކުޑަ ރަށުގެ ހުންނަ މިހާއަށް ވެސް އާމްދަނީ ހޯދަން މަގު ފަހިވާނެއެވެ.

    ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ އެންމެ ރަށެއް ވެސް ނުއޮންނާނެއެވެ. ހުރިހާ ރަށެއްގެ ބަނދަރު ޒަމާނީ ފެންވަރަށް ހެދި ގިނަ ރަށް ރަށުގައި މަގުތައް ހެދި ޖަޒީރާ ވަންތަ ފާގަތި ދިރިއުޅުމެއް ދިވެހިންނަށް ފަހިވެގެން ދާނެއެވެ.

    ރަށުގައި ތިބެ އަދާކުރާނެ ވަޒީފާތައް ކޮންމެ ރަށެއްގައި އުފެދި ކޮންމެ ގޭބިސީއެއްގައި މަހު މުސާރަ ލިބޭ މީހަކު ހުރިކަން ކަށަވަރު ވާނެއެވެ. އާމްދަނި ހޯދާނެ މަސައްކަތްތަކާއި ގޮތައް ކޮންމެ ރަށެއްގައި ހުޅުވިގެން ދާނެއެވެ. ސިއްހީ ދާއިރާގެ ހުރިހާ މުއައްޒަފުންގެ މުސާރަތައް ބޮޑުވެ މުސާރައިގެ ތަފާތުތައް ކުޑަ ކުރެވި ރަށްރަށުގައި ދައުރުވާ ފައިސާގެ ނިސްބަތް ގުނަގުނަވެގެން ދާނެއެވެ.

    ގްރޭޓް މާލޭ އޭރިޔާ ބުރިޖުން ގުޅި މާލޭގެ ރައްޔިތުންގެ އެތައް ބަޔަކު ބިން ވެރިވެ ތޮއްޖެހިގެން އުޅޭ ގޭބިސީ ތަކަށް ހިޔާވަހިކަން ލިބި ހިތްތައް އުފަލުން ފޮޅޭނެއެވެ. މާލޭގެ އިތުރަށް އައްޑުއާއި ބޮޑުތިލަދުންމައްޗާއި ހައްދުންމަތި އިގްތިސާދީ މައި ހަބު ތަކަކަށްވެ ފަތުރުވެރި ކަމުގެ ނަފާ މުޅިރާއްޖެއަށް ފެތުރިގެން ދާނެއެވެ.

    ތަފާތު ކުރުމެއް ނެތް ހަމަހަމަ ވެރިކަމެއްގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބި ރައީސް ސާލިހު ދެވަނަ ދައުރަކަށް ރައީސްސުލްޖުމްހޫރިއްޔާ ކަމަށް ހޮވުމުގެ ހިތް ހަމަ ޖެހުމާއި އުފާވެރިކަން ރައްޔިތުން ހޯދާ އަހަރަކަށް 2023 އިރާދަ ކުރެއްވިއްޔާ ވާނެއެވެ.

    ]]>
    Sun, 01 Jan 2023 16:27:27 +0500 ހީރަސް
    އެންމެ އުސް ޒިނޭހާނާ އާއި ޑރ. މުއިއްޒު https://heerasnews.com/853 https://heerasnews.com/853 އެންމެންގެ ލޮލަށް ތިބީ މިރުސް ފެން އެޅިފައެއް ނޫނެވެ. ކުރާ ކަންކަމާ ކުރެވޭކަންކަން ނުފެންނަ ވަރަށް މީހުން ކަނެއް ނުވެއެވެ. ޔާމީނު ވެރިކަމުގައި ރަށްރަށަށް ކޮށްދިން ކަމަކާ ނުކޮށްދީ އޮތްކަމެއް އެންމެ ރަނގަޅަށް އެނގޭނީ އެ ރަށްރަށުގައި ދިރިއުޅޭ ބަޔަކަށެވެ. މި ސަރުކާރުން ރަށްރަށުގައި ކުރަހާ ކަމަކީ ޔާމީނު ކޮށްދިން ކަން ކަމަށް ހަދަން މުއިއްޒު ގައިވީދުނަސް ރަށްރަށުގެ ރައްޔިތުންނަކަށް އެ ކަމެއް އޮޅުވައެއް ނުލެވޭނެއެވެ.

    ރައީސް ސާލިހުގެ ސަރުކާރުން ރަށްރަށުގެ ބަނދަރު ޒަމާނީ ފެންވަރަށް ހަދާ ރައްޔިތުންނަށް ލަފާފުރުމުގެ ފަސޭހަ ހޯދާދޭ ދިނުމުގެ ކްރެޑިޓް ޔާމީނަށް ހޯދާދޭން މުއިއްޒު ޓްވީޓު ކުރިޔަސް ރަށްރަށުގެ ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. ޔާމީނުވެރި ކަމުގައި ކުރީ ކީއްކަން އެންމެނަށް ވެސް އެބަ އެނގެއެވެ.

    އައިޖީއެމްއެޗް ކައިރީގައި ދަގަނޑުތޭރި ޖަހައިގެން ޖަލެއްހެން ބަންދު ކޮށްގެން ދުވަހު ކުއްޔަށް ދޭ ޒިނޭހާނާއެއް ހިންގައިގެން ހަރާން ފައިސާ ހޯދި މ. ދިމްޔާތު ރާއްޖޭގައި ހުރި އެންމެ އުސް ޒިނޭހާނާއަށް ބަދަލުކޮށްލީ ޔާމީނު ވެރިކަމުގައެވެ. މުއިއްޒު ދައުލަތުން ހަރާން ފައިސާ ކަޅާކޮށް ގެންނެވެ.

    ޔާމީނު ޖަލަށް ފޮނުވަލައިގެން ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ފައިނަގައިގެން ހުރެ ޕީޕިއެމް މެންބަރުންގެ ތާއީދު ހޯދަން ޔާމީނަށް ކްރެޑިޓް ދޭން އުޅޭކަން ނޭނގޭ ޕީޕީއެމް މީހަކު ވެސް ނޫޅެއެވެ. ސަލަފީން ފަހަތަށް ލައިގެން ދީން ވިއްކައިގެން ވެރިކަމަށް އަންނަން ތިޔަ އުޅެނީ ކިތަކަށް ޒިނޭހާނާ ހަދަން ޕްލޭން ކޮށްފައި އޮވެގެން ހެއްޔެވެ.

    ބުނަން ހެއްޔެވެ. ޔާމީނު ސަރުކާރުން 108 ބަނދަރު ހަދާ 26 ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތްނަމަ މި ސަރުކާރުން ނިންމާލަން ޖެހޭނީ ހަމައެކަނި އުއިއްޒު އެބުނާ 26 ބަދަރު އެކަންޏެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދު ވެރިކަމުގައި ހެއްދެވި ބަނދަރުތަކާ އެކު މި ރާއްޖޭގައި ރައީސް ސޯލިހުގެ ވެރިކަމުގައި ބަދަރު ހަދަން ޖެހޭ ރަށެއް ނުއޮތީހެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 190 ވަރަކަށް ރަށް އޮތް އިރު ބަނދަރު ހަދާފައި ނެތް އެންމެ ރަށެއް ވެސް ޔާމީނު ވެރިކަން ނިމުނު އިރު ރާއްޖޭގައި ނުއޮންނާނެ ތާއެވެ. އެކަމަކު ހަގީގަތަކީ އެއީއެއް ނޫނެވެ.

    ރައީސް ސާލިހުގެ ވެރިކަން ފެށުނުއިރު އެއްވެސް ފެންވަރެއްގައި އެއްވެސް ޒަމާނެއްގައި ބަނދަރެއް ހަދާފައި ނެތް ފަންސާހަކަށް ރަށް ރާއްޖޭގެ ކަންކޮޅުތަކުގައި އޮތެވެ. ބައެއް ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ކޮންމެ ވެސް ފެންވަރެއްގައި ރައްޔިތުން ފަޅު ކޮނުވާ، ވީރާނާވެފައި އޮތް ތިރީހަކަށް ބަނދަރު ރާއްޖޭގައި އޮތެވެ. ކުރީގެ ސަރުކާރު ތަކުން ހަދާދީފައިވާ އެތައް ބަނދަރެއް ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެ އާބާތުރަ ނުފިލުވާ އޮތެވެ. މި ސަރުކާރުން ކުރަނީ އެ މަސައްކަތެވެ. ދިވެހި ރައްޔިތުންނަށް އެކަމެއް ނޯޅެއެވެ.

    ހައްގު ނޫން ކްރެޑިޓް ޔާމީނަށް ދީގެން ޕީޕީއެމްގެ ތާއީދުގައި ވެރިކަމަށް އައުމުގެ ހުވަފެން މުއިއްޒު ތިޔަ ދެކެނީ ޔާމީނަށް ދެވުނު ކެހި ކުޑަކަމުން ހެއްޔެވެ. ޒިނޭއަށް މަގު ފަހިކޮށްގެންނާއި ޒިނޭހާނާ ހިންގައިގެންނާއި ދައުލަތުން ހަރާން ލާރި ކައިގެން ހުރެ ޔާމީނަށް ކުރި ހުކުން ހަރާން ކުރަމުން މޭޔަރުކަމުގައި ރައްޔިތަކަށް ކޮށްދޭ ކަމެއް ހަރާމުން ހަރާމެވެ.

    ]]>
    Sun, 01 Jan 2023 13:26:59 +0500 ހީރަސް
    ޑީއާރުޕީ އުގަށް އެމްޑީޕީ ވައްޓާ ލެއްވިއްޔާ ލެއްވީ ނަޝީދު https://heerasnews.com/852 https://heerasnews.com/852 އެމްޑީޕީގައި ޑީއާރޕީއެއް އޮވެގެން އުޅޭ ވާހަކައިގެ އަޑު އަނެއްކާވެސް ގަދަވެގެންފިއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ދިމާކޮށް އަސްލު އެމްޑީޕީއެއް އަނެއްކާ ވެސް ފާޅުވެއްޖެއެވެ. ޑިމޮކްރަސީގެ ވާހަކަ ދައްކަމުން ކޮންމެ ރައްޔިތަކު ބޭނުން އިރަކު ކޮންމެ ޕާޓީއަކަށް ބަދަލު ވުމުގެ ހައްގު އޮތް ވާހަކަ ދައްކަމުން ޕާޓީގެ މެންބަރުން އިތުރު ކުރަން ފޫގަޅައިގެން އުޅެވުނުކަން ރިޔާސީ ޕްރައިމަރީއާ ޖެހުމުން ހަނދާނަކު ނެތެވެ. 

    ޑީއާރުޕީގެ އެންމެ ސަމަންތަރު ހެޔޮ ދުވަސްވަރެވެ. ޑީއާރުޕީގެ ނައިބު ލީޑަރ އަލީ ވަހީދަށް މާލެއިން ގޯތި ގަނެދީ މިލިޔަނުން ފައިސާ ދީ އާޓިފިޝަލް ބީޗްގައި ބޮޑު ޖަލްސާ ބާއްވާ އުރަލައިގެން ގެނެސް މާފަތި ކަރުގައި އަޅުވާ ބޮޑު ގޮނޑީގައި އަލީ ވަހީދު ވެޑުވީ ރައީސް ނަޝީދެވެ. އެމްޑީޕީގެ ދޮރުގައި ތަޅުދަނޑި ޖަހާ ޑީއާރުޕީއަށް އެމްޑީޕީ ހުޅުވާލަ ދެއްވީ ރައީސް ނަޝީދެވެ.

    ޑރ. ޝަހީދާއި އަލްހާނު ފަހުމީއާއި އެނޫންވެސް އެތައްބަޔަކު އެމްޑީޕީއަށް އިއްޒަތުގައި ގެނެސް އާރާ ބާރު ހޯދަ ދިނީ ރައީސް ނަޝީދެވެ. އޭރު އެންމެން ތިބީ އަތްޖަހާށެވެ. 

    ރާއްޖޭގެ އެންމެ ތަޖުރިބާކާރު ސިޔާސީ ޑިޕްލޮމޭޓް އަބްދުﷲ ޝާހިދާއި އަހުމަދު މަހުލޫފާއި އަހުމަދު ތަސްމީނު އަލީއާއި އެމަނިކުފާނާއެކު ގެންނެވި ބޮޑު ޕެކޭޖަށް އެ ދުވަހު ވެސް މަރުހަބާ ވިދާޅުވެ އިސްސަފުން ޖާގަ ފަހިކޮށް ދެއްވީ ރައީސް ނަޝީދެވެ. އަލީ އާޒިމާއި ރޮޒޭނާ އާދަމާއި މުޙައްމަދު ނާޝިޒް ފަދަ އެތައް ބޭފުޅުންނެވެ. އޭރު ދާއިރާތަކަށް އެތައް މަސައްކަތެއް ކޮށްދީ ދާއިރާތަކުގައި އެމްޑީޕީ ރޫހު އުފައްދާ ރުކުރުވާލި އެތައް އިސް އެކްޓިވިސްޓުން ފަހަތައް ޖައްސުވާ ބާކީކޮށް މަޖިލިސް މެންބަރު ކަމުގެ ޓިކެޓަށް ދާންދެން ހޯދާދެއްވަން އިސްވެ ހުންނެވީ ރައީސް ނަޝީދެވެ. އެ ދުވަހު އިސްކަން ދެއްވީ މުހާޖިރުންނަށެވެ.

    އިސްވެ ދެންނެވި ބޭބޭފުޅުން އެމްޑީޕީއާއި ގުޅި ވަޑައިގަތީ ނަމަކަށް ނޫނެވެ. އެ ބޭބޭފުޅުން ޑީއާރުޕީގައި ނުކުރައްވާ މަސައްކަތް އެމްޑީޕީއަށްޓަކާ ކޮށްދެއްވިއެވެ. ދަނީ ކޮށްދެއްވަމުންނެވެ. ކުރިއްސުރެ އެމްޑީޕީގައި ތިބި ގިނަ މެންބަރުންނަށް ވުރެ ބުރަ ގިނަ މަސައްކަތް އެމްޑީޕީއަށް ވަނީ ކޮށްދެއްވާފައެވެ. ސިޔާސީ ބަހުސްތަކާއި ސިޔާސީ އެއްވުންތަކުގައި އެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅު ރައީސް ނަޝީދަށް ވެސް ކުރެއްވި ފައެއް ނުއޮންނާނެއެވެ.

    މުޒާހަރާއެއްގައި ނަމަ ތިއްބަވަނީ އެންމެ ކުރީގައެވެ. ސިޔާސީ އެއްވުމެއްގައި ޝާހިދާ ރޮޒޭނާގެ އަޑާ ނުލާ އެ އެއްވުމެއް ފުރިހަމައެއް ނުވެއެވެ. އެ ބޭފުޅުން ގުޅިވަޑައިގެން ފަހުން ރައީސް ނަޝީދު ހައްޔަރު ކުރެވޭ ކޮންމެ ފަހަރަކު އެންމެ ބާރަށް އަޑުއުފުއްލަވާ ހެއްދެވީ ރޮޒޭނާ އާއި މަހުލޫފާއި އަލީ އާޒިމް ފަދަ ބޭބޭފުޅުންނެވެ. 

    ރާއްޖޭގެ ރައީސް ގެ ފަހަތްޕުޅުގައި އެމްޑީޕީ އިސްވެ އޮވެ ހިންގާ ސަރުކާރު ނަގަހައްޓަން ޝާހިދާއި މަހުލޫފާއި ރޮޒޭނާމެން ތިއްބެވުން އެމްޑީޕީގެ ރައީސަށް ހަޖަމް ނުކުރެއްވެއެވެ. އެ ބޭފުޅުނަށް ބަދު ބަސް ރައްދު ކުރައްވާ ހުތުރު ނަންނަމުން މުހާތަބު ކުރެއްވުމުން ވެއްޓެނީ ރައީސް ނަޝީދުގެ އަގެވެ. އާންމު މެންބަރުންގެ ހިތުގައި ނަފްރަތު އުފެއްދެވުމަށް ރައީސް ނަޝީދު ޑީއާރުޕީގެ ވާހަކަ ރޮޒޭނާ މެނަށް ނިސްބަތްކޮށް ދައްކަވާއިރު ރައީސް ނަޝީދުގެ ފަހަތްޕުޅުގައި ހުންނެވި އަލީ އާޒިމް ޑީއާރުޕީއަށް ނިސްބަތްވެ ވަޑައިނުގަންނަވަންޏާ އެހެން ބަޔަކަށް ޑީއާރުޕީއޭ ރައީސް ނަޝީދު ވިދާޅުވާނީ ފިތުނަ ފަސާދަ އުފެއްދެވުމަށެވެ.

    ]]>
    Sat, 31 Dec 2022 20:27:00 +0500 ހީރަސް
    އަންނި ބުނިހައި ގޮތެއް ނުހަދާ ކޮންމެ މީހަކު ހުރީ ވިކިފަ! https://heerasnews.com/851 https://heerasnews.com/851 ތިމާގެ ހައްގުގައި މަގުމަތިވި މީހުންނާ ދިމާލަށް މިއަދު ގޮވަނީ ގޮވާނެ އެއްޗެކެވެ. ބުނިހާ ގޮތެއް ނުހަދާ ކޮންމެ މީހަކު ހުންނަނީ ވިކިފައެވެ. ހިޔާލު ތަފާތު އެންނެނަށް ގޮވަނީ ވަގަށެވެ. އެހިގައި ހުރީ ކިތަންމެ ބޮޑު ވަގަކަސް އެކީގައި ބުނިހާ ގޮތެއް ހަދައިގެން ހުރިއްޔާ ކިލަމިަލއެއް ނެތް ޖަވާހިރެވެވެ.

    އެކަމަކު ބުނަން ހެއްޔެވެ. ފެށުނީއްސުރެ އިއްޔެއާ ޖެހެންދެން އެމްޑީޕީގެ އެންމެހައި މެމްބަރުން އެހީ ތިބާގެ އަޑެވެ. ކޮންމެ ކަމެއްގައި ތިބާގެ ބަހަކީ އެންމެ ފަހުބަސް ކަމުގައި އެއުރެން ނިންމީ ފަހުން ލިބިދާނެ ގެއްލުމަކާ ދެރަޔަކާ މެދުވެސް ވިސްނާލުމެއް ނެތިއެވެ. މަގުމައްޗަށް ނުކުންނަން ހަމަ ގޮވާލާއިރަށް ލިޔާން އިން ގަލަމުގެ ދޯރިވެސް ނުޖަހައި، ފިޔާ ކޮށާން ގެންގުޅުނު ވަޅި ވެސް ދޮވެނުލައި އެއުރެން ނުކުމެ ފުލުހުން ނުލާހިކު " ލޯބިން " އެޖެހިހައި މިރުސް ދުން ތަކުން މީހާ ޖަހަރާވެ ގޮހޮރުގެ ފިތާއެކު ހޮޑަށް ލެވޭއިރު ވެސް ތިބާގެ ބަހަކާއި ނުލައި ގެދޮރަށް ނުވަދެ އަނބި ދަރީންނާއި ފިރީން ނުދެކި ގަނަތެޅުނު މީހުންގެ އަދަދު ހޮދު ތިބާޔަށް ވެސް ނޭގޭނެއެވެ.

    ތެދެކެވެ. ސަމާލުކަން ހޯދަން ތިބާ ކުޅުނުހާ ޗަރުކޭސް ބަލާ އަތްޖެހީމުއެވެ. އެހެން ސިޔާސީ ބޮހުން ހަދާހެން ނުހަދާ ވާހާލެއްގައި ވީކަމަށް ދެއްކީމުއެވެ. ފައިވާން އަތަށް ނަގައިގެން މަޖީދީ މަގުގައި އެކަނި ދުވިއެވެ. ފުލުހުންގެ އުރުގައި ކޯޓަށް ދިޔައެވެ. ފަރެސް މާތޮޑާގައި ފިލާ ބޮނދާ އޮތެވެ. ޖުމްހޫރީ މައިދާނުގައި ބިމުގައި ފުލުންލައްވާ ދެންމުވީމުއެވެ. ކޮޓު ދޮރުމައްޗައް ވެއްޓި ބަކަތެޅިއެވެ. އިންޑިއާ އެންބަސީއަށް ވަދެ ފިލީމުއެވެ. މިފަދަ ކޮންމެ ސްޓަންޓަކުން ފަލަސުރުހީ ހަދައިގެން މަސްހޫރުވީ އަމިއްލަ އާރާ ބާރު ހޯދަންކަން މިއެނގެނީ އަދި ކިރިޔަތާއެވެ.

    ކޮންމެ ފަހަރަކު ހިފާ ހައްޔަރު ކުރީމައި ދެން ތެޅޭހައި ތެޅުމެއް ތެޅުނީ އެއުރެންނެވެ. އާންއެކެވެ. ތިބާޔަށް ދުނިޔޭގެ ތާއީދު ލިބުނީ ތިބާގެ މޮޅުކަމަކުންނެއް ނޫނެވެ. އެކަން އެހެންވީ ތިބާގެ ހައްގުގައި އެންމެން ނުކުމެ ކުރި މަސައްކަތުންނެވެ. އެތައް ހާސް ބައެއްގެ މަންޒަރުތައް ލައިވްކޮށް ދަށްކައިގެންނެވެ. އެކަމަކު މިއަދު ތިބާ އެކަމެއް ވެސް ހަނދާނެއް ނެތެވެ. ކަލަގޮވައި ތިބާގެ ފޮޓޯގަނޑަކުން ނޫނީ އެއުރެންނަށް ފަސޭހައިން ބޮޑުކަމު ވެސް ނުދެވޭނެ ކަމުގައި ތިޔަހަރަ ގޮވާ ނަގަނީއެވެ.

    ކޮއެފުޅާއެވެ. ނިކަން ވިސްނާލަ ބަލާށެވެ. ތިބާޔަށް ހޯދައިދިން ތާއީދުގެ ބޭނުންކޮށް ކަރަކަރައިގައި އިއްޒަތުގައި ތިބާ އުޅުނެއް ކަމަކު އެހެން އެކަންކޮށްދިން އެންމެން ތެޅުނީ ހާދަހާވާ ގަނައެކެވެ. ލިބުނީ ހާދަހާ އަނިޔާއެކެވެ. އެކަން ވެސް ކުޑަމިނުން މިއަދު ތިބާގެ ހަނދާނުގައި ނެތީތާއެވެ. މިއަދު ތިބާ ބުނިހައި ގޮތެއް ނުހަދާތީވެ ދިމާލަށް ތިޔަ ގޮވާ ފަތިވަރު ނިކަން ދެކިބަލާށެވެ. ފާޑުފާޑުގެ ނަންނަމުގައި ސޯސަލްމީޑިއާގައި އެކައުންޓު ހަދައިގެން ނުގޮވާކަށް އެއްޗެއް ނެތެވެ. މިއަދު ޕާޓީގެ އާއްމު މެންބަރުންނަށް ވުރެ ގޯތި މަންޖެއާއި ފައިނު ވައްޑޭ ތިބާއަށް ހަމަމާކަމު ހިނގައްޖެއެވެ. އެ މީހުންގެ ސަބަބުން ތިބާގެ މުޅިއަބުރު ކަތިލެވި މީގޮނަކުން ވެއްޓުނު ކެހެރިޔަކަށް ކުރާ ގަދަރު ވެސް މިހާރަކު ތިބާޔަކަށް އެއުރެން ނުކުރެއެވެ.

    ކީއްވެކަން އަމިއްލަޔަށް ބުނަން ނޭގެންޏާ ބުނެދެމެވެ. ތިބާޔަށް ލިބިފައިއޮތީ މާކަނުލަފާ ދުލެކެވެ. ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގެއެވެ. ގޮވޭ ނުގޮވޭ އެއްޗެއް އަމުދުން ނޭނގެއެވެ. އަމިއްލަޔަށް ތިމަންނަޔަކީ ރާބޯމީހެކޭ ވެސް ބުނީ އެހައްދުވަހު ނޫންހެއްޔެވެ؟ ވެރިކަމުގައި ހުރިއިރު ވެސް ގޮވީކޮހެވެ. އެންމެ ފަހުން ކޮސް ގޮވަމުން ގޮވަމުން ގޮސް ބަޔަކު ނުކުމެ ކަންފަތުގައި ހިފާ ހޫރުވާލީއެވެ. އެ ދުވަހުން ފެށިގެންވެސް އެއުރެން ހަމަ ތިބާޔަށް ޓަކައި ގުރުބާން ވުމުގައި ދެމިތިބީއެވެ. ނަމަވެސް މިއަދު ތިބާގެ ވާންޗޯކަން އެންމެނަށް އެގިއްޖެއެވެ. އަމިއްލ އެދުމާހުރެ ތިޔަހެރީ ކަރުތާފެނަށް އެރިއެވެ. މިއަދު ތިބާޔަށް އެންމެ ހޭހަންކުޅަ މީހުންނާ ދިމާލަށް ތިޔަ ގޮވަނީ ވަގަށެވެ. ލަދުހަޔާތް ކޮބައި ހެއްޔެވެ؟

    ]]>
    Sat, 31 Dec 2022 16:46:58 +0500 ހީރަސް
    މުލުވަގު ދޫކުރުވަން ވަގުން ނިކުތުން https://heerasnews.com/849 https://heerasnews.com/849 އެމީހުން ބުނެތެވެ. ކެޔަސް ހެޔޮތާއޭ ބްރިޖު އެ އޮތީ އަޅާފައެވެ. ހުޅުމާލެ ދެ ވަނަ ފޭސް ހިއްކާ ޓަވަރުތައް އަޅައިފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލް އެހުރީ އަޅާފައެވެ. އާނއެކެވެ. ދަރަންޏަށް ބިޔަ ބޮޑެތި ކަންކަން ކޮށްފައި ދައުލަތުގެ މިލްކިއްޔާތު ދިރުވާލިޔަސް ހެޔޮތާއެވެ. ބައެއްގެ ބުއްދި މިހާ ވަރަށް ފަސްވީމާ ވައްކަމަކީ ސަޅި ކަމަކަށް ވެއްޖެއެވެ. ކެރޭމީހާ އަތުޖެހުނު ގޮތަކަށް ކައި ފުރާލަން ވީއެވެ.

    މި ހުރިހާ ދުވަހު ކިޔަމުން އައީ ޔާމީނު ކޭ ވާހަކަ ދައްކަނީ ކަމަށެވެ. ސާބިތު ނުވާތީ ކޭ ކަމަކަށް ނުވާނެއެވެ. ސާބިތުވެފައި ނެތުމަކީ ނުކުރުން ތާއެވެ. އެހެން އުޅެނިކޮށް ވޮޑުމުލާ މައްސަލަ ސާބިތުވެ ހުކުންކޮށް ޖަލަށް ލާފައި ހުއްޓާ ދެ އަކުރުގެ އޮޅުވާލުމަކުން ހުރިހާ ހެކި ނަފީވެ މިނިވަން ކުރީ އެ މައްސަލަ އަލުން ބެލެން އޮތް ކަމަށް ކަނޑައަޅާފައެވެ. ވޮޑުމުލާ މައްސަލަ ނިމުނު ގޮތަކަށް ނިމުނު އިރު އިތުރު އެހެން މައްސަލަތައް ޔާމީނާ ދެކޮޅަށް ދައުވާކޮށް ކުރިއަށް ގޮސްގޮސް އޮތެވެ.

    މިއޮތް ސަރުކާރު ފޭލިކޮށް ރައްޔިތުންގެ މެދުގައި ނުތަނަވަސް ކަން އުފެއްދުމުގެ ބޭނުމުގައި ޕީޕީއެމުން ވެސް އަޑު ހަރުކޮށް ގޮވަމުން އައީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ނުބެލޭ ވާހަކައެވެ. ގެއްލުނު ފައިސާ ދައުލަތަށް ނުހޯދޭ ވާހަކައެވެ. ޔާމީނުވެސް އަނގަފުރާ އެތައް ފަހަރަކު އެ ވާހަކަ ދެއްކިއެވެ. ކައި ފުރާލައިގެން ހުރެއެވެ. ކޯޓުގައި މައްސަލަތައް އޮވެމެ ރިޔާސީ ޓިކެޓް ފެލައިލައިގެން ޔާމީނު ހުރީ މިދުވަސް ގެންނަން ވެގެނެވެ.

    ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ތަކުން ޔޫސުފް ނައީމަށް ވ. އާރަށް ދިން މައްސަލާގައި އަނެއްކާ ވެސް ޔާމީނު ރިޝްވަތު ނަގިކަމާއި މަނީލޯންޑް ކުރިކަން ކޯޓަށް ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމަކާއެކު 5 މިލިޔަން ޑޮލަރުން ޖުރުމަނާ ކޮށްފިއެވެ. 

    ދެނަކާ ދެނެއްނެތެވެ. ކޯޓު ހުކުމް ހަރާން ވެއްޖެއެވެ. ވައްކަން ހަލާލު ވެއްޖެއެވެ. މުލުވަގު ދޫކޮށްލަން ވެއްޖެއެވެ. މުލުވަގު ޖަލުން ނެރެން ވަގުން ނިކުމެއްޖެއެވެ. ވައްކަންކޮށް ދައުލަތް ދަވާލުން ޔާމީނު ކުރުމުން ޕީޕީއެމަށް ހަލާލު ވެއްޖެއެވެ. ދައުލަތް ދަވާލުމަކީ ރިޝްވަތު ނެގުމަކީ ފައިސާ ދޮވުމަކީ ޕީޕީއެމަށް ވަރަށް ބޮޑަށް ހަލާލު ކަމެއްކަން އެނގިގެން ހިގައްޖެއެވެ. 

    ޕީޕީއެމަށް ހުކުން ހަރާމަސް ދިވެހި ގިނަ ރައްޔިތުންނަށް ހުކުން ހަލާލެވެ. ޔާމީނު ދޫކޮށްލަން ބޭނުންވާ މީހުނަށް ވުރެ ގިނައީ ޔާމީނު ބަންދު ކުރަން ބޭނުން ވާ މީހުނެވެ. ހަމަ ތެދެކެވެ. މުލުވަގު ދޫކުރުވަން ވަގުން ނިކުތުމަކީ ސިހެގެން ވެއްޓޭ ވަރުކަމެއް ނޫނެވެ.

    ]]>
    Fri, 30 Dec 2022 19:57:20 +0500 ހީރަސް
    ފެންނަންހުންނަ ކަންކަމަށް ވެސް ނަޝީދު ހައްދަވަނީ އިތުރުފުޅު https://heerasnews.com/845 https://heerasnews.com/845 ކޮން ދޮގެއް ހަދާކަށް ހެއްޔެވެ. ކަނޑައެޅިގެން ހަގީގަތް އެނގި ހުރެ ދޮގު ހެދުމުން ތިމާގެ މައްޗަށް އޮންނަ އިތުބާރާ ލޯބި ގެއްލުން ނޫން ކަމެއް ނުވެއެވެ. ދުލުގާ ވަގޮށް ނުޖެހޭކަން ރަނގަޅެވެ.

    ރައީސް ސާލިހު ދިވެހި ސަރުކާރު ހިންގަވަން ފެށީއްސުރެ މިވީ ހަތަރު އަހަރު ތެރޭގައި ހިޔާވަހި ކަމުގެ އެއްވެސް މަޝްރޫއެއް ނުހިންގަވާ ކަމަށް ވިދާޅުވެ ސަލްޓަންޕާކުގައި ރައީސް ނަޝީދު އިތުރުފުޅު ހެއްދެވީ ކޮން ބަޔަކަށް އޮޅުވާލައްވަން ހެއްޔެވެ. ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ފަދަ ޒިންމާދާރު މަގާމެއްގައި ހުންނަވައިގެން އެހާ ވަރަށް އިތުރުފުޅު ހައްދަވާކަށް ނުވާނެއެވެ. އަމްދުން އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވައިގެން އެމްޑީޕީ މެޖޯރިޓީ ސަރުކާރަކަށް ބޮޑެތި ދޮގު އިލްޒާމުތައް އަޅުއްވާއިރު ވާދަ ކުރައްވަނީ އެމްޑީޕިގެ ޓިކެޓް ހޯއްދަވަންކަން ހަނދުމަފުޅު ނެތިގެން ނުވާނެއެވެ.

    ރައީސް ސާލިހުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 54 ޓަވަރެއްގެ މަސައްކަތް ސަރުކާރުން ކުރުވަމުން އެބަ ގެންދެއެވެ. އެ ޓަވަރުތަކުގެ މަސައްކަތް 2024 ވަނަ އަހަރަށް މުޅިން ނިންމާލެވޭނެއެވެ. މި ޓަވަރު ތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީއާއި ފަހި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އާއި އެޗްޑީސީ ގުޅިގެންނެވެ.

    ވަޑައިގެން ބައްލަވާށެވެ. 54 ޓަވަރުގައި ޖުމްލަ 6175 ފްލެޓް ހިމެނެއެވެ. މީގެ ތެރެއިން 4000 ފްލެޓް ހާއްސަކޮށްފައި ވަނީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމަށެވެ.

    2020 އިން ފެށިގެން މާލެ އާއި އަތޮޅު ތެރޭގައި ސަރުކާރުން ހައުސިން މަޝްރޫއުތައް ވަނީ ހިންގަން ފަށާފައެވެ. މި ސްކީމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަވާލުކޮށްފައި ވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެވެ. އެ ދެ ކުންފުންޏަކީ ޖޭއެމްސީ އާއި އެންބީސީސީ އެވެ. އެ ދެ ކުންފުނިން އަޅާދޭނީ 4000 ފްލެޓެވެ. ދެ ކުންފުނިން ކުރެ ކޮންމެ ކުންފުންޏަކުން 2000 ފްލެޓެވެ.

    ޖޭއެމްސީ އިން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ 16 ޕަސެންޓް މަސައްކަތް ހުސްވި ނޮވެމްބަރ މަސް ފެށުނުއިރު ހުރީ ނިމިފައެވެ. އެންބީސީސީން ހަދަމުންދާ ފްލެޓްތަކުގެ 13.5 ޕަސެންޓް އެ ކުންފުނިން ވެސް ނޮވެމްބަރ 2022 ފެށުނު އިރު ވަނީ ނިންމާފައެވެ.

    18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް ހުންނާނެއެވެ.

    267 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހިންގާ މަޝަރޫއެކެވެ. 08 މާރޗް 2021 ގައި އެއްބަސްވުމުގައި ސޮއި ކޮށްގެން ފަށައިގެންފައިވާ މި މަޝްރޫއުގައި ބިނާ ކުރާ ފްލެޓް ތަކުން ބައެއް ފްލެޓުގައި މީހުން ދިރި އުޅެވޭވަރު މި ދައުރު ނިމޭއިރު ވާނެއެވެ.

    ގެދޮރުވެރިޔާ ސްކީމް ހިނގަމުން ދާއިރު ބައެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެ ފިޔަވަހީގައި ސޯޝަލް އަދި މިކްސްޑް ހައުސިން ޔުނިޓްތަކެއް ވެސް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެޕޯލޯ ހޯލްޑިންގްސް، އެސްޖޭ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ)، އެސްޖޭ ކޮންސްޓްރަކްޝަންސް، ސެލިޓެއާ، ފެޑޯ ޕްރައިވެޓް ލިމިޑެޓް، ރެއިންބޯ މެގަ އަދި ނިއުމާކް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ. އަނެއް ކޮޅުން މާލޭ އޯޑިއޯން ސިނަމާ އާއި ދިވެހި ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ލަގްޒަރީ ފްލެޓް ތަކެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

    އެ ތަންތަން ދިވެހި ނޫސްވެރިން ވެސް ވަނީ ލޮލުންދެކި އަތުން ހިފާފައެވެ. ފެންނަން ހުންނަ ކަންކަމަށް ވެސް ރައީސް ނަޝީދު ހައްދަވަނީ އިތުރުފުޅެވެ. 

    ]]>
    Thu, 29 Dec 2022 19:50:20 +0500 ހީރަސް
    ސްޓެލްކޯ ޑީއެމްޑީ އަޒްވަރު އއ ގެ ބައެއް ރަށްރަށަށް https://heerasnews.com/844 https://heerasnews.com/844
    ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ރަށްރަށުގެ ކަރަންޓުގެ ހާލަތު ގާތުން ބަލާ ހިދުމަތް ދިނުމަކީ އެކުންފުނިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. ސްޓެލްކޯގެ އިސްވެރިން އެރަށްރަށަށް ވަޑައިގެން ރަށްރަށުގެ ހާލަތު ބައްލަވާ އެވަގުތަކަށް ކޮށްދެއްވެން ހުރި ކަންކަން ގެންދަވަނީ ކޮށްދެއްވަމުންނެވެ.

    ސްޓެލްކޯއިން ތަކުރާރުކޮށް ހިންގާ މި ޕްރޮގްރަމުގެ ދަށުން ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒްވަރު އިއްޔެ ވަނީ އއ. އަތޮޅުގެ ފެރިދޫ އާއި މާޅޮސް އަދި ހިމަންދޫއަށް ވަޑައިގެންފައެވެ. ޑރ. އަޒްވަރުގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި، ޑަބްލިއުޑީސީ އާއި ބައްދަލު ކުރައްވާ ސްޓެލްކޯއިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުދެވިދާނެ ކަންކަމާ ގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ.

    އެ މަޝްވަރާތަކުގައި އެ ރަށްރަށުގައި ޖަމާއަތުގެ ފެންވަރުގައި ހިނގަމުންދާ އިޖުތިމާއީ ކަންކަމަކީ ކޮބައިތޯ ބައްލަވާ އިޖުތިމާއީ ޒިންމާގެ ދަށުން އެކަންކަމުގައި ސްޓެލްކޯއިން ވެދެވިދާނެ އެހީތެރި ކަމަކީ ކޮބައިކަން ވެސް ސާފުކު ރެއްވިއެވެ. 
    ]]>
    Thu, 29 Dec 2022 11:19:06 +0500 ހީރަސް
    'އަކުއާފިނާ' ގެ ބްރޭންޑް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް https://heerasnews.com/843 https://heerasnews.com/843 ބަންދުކޮށްފައިވާ ބޯފެނުގެ ބްރޭންޑް އަކުއާފިނާގެ ބްރޭންޑް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް ވެއްޖެއެވެ.

    މިހާރު ވެސް ޕެޕްސީކޯ އިންޑިއާ އާއި އެކު މަސައްކަތުގެ ގަދަފަދަ ވަރުގަދަ ގުޅުމެއް ހިއްސާކުރާ ކައިފް ވަނީ އެ މީހުންގެ 'ޕެކޭޖްޑް ޑްރިންކިން ވޯޓާ' (ބަންދުކުރެވިފައިވާ ބޯފެނުގެ) ބްރޭންޑް އަކުއާފިނާގެ ބްރޭންޑް އެމްބެސެޑަރަކަށްވެ، ބެވަރޭޖް ބްރޭންޑާ ގުޅުން ފުޅާކުރަން ނިންމާފައެވެ.

    ހަނދާން ހުންނާނެ ގޮތުގައި ކެޓްރީނާ ކައިފް ވަނީ މީގެ ކުރިން 'ސްލައިސް' ފަދަ އުފެއްދުންތައް އެންޑޯސްކޮށްފައެވެ. ބަތަލާއާއި ގާތް، އިތުބާރު ކުރެވޭ ފަރާތަކުން ހާމަކުރި ގޮތުގައި 16 އަހަރު ވަންދެން ސޮފްޓް ބެވަރޭޖް ބްރޭންޑް 'ސްލައިސް' ގެ ގިނަ އައިކޮނިކް ކެމްޕޭންތަކެއްގެ މޫނަކަށް ވުމަށް ފަހު ބަތަލާ ނިންމީ އަކުއާފިނާއާ އެކު ބްރޭންޑް ޕެޕްސީކޯ އިންޑިއާ އާއި މިހާރު އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމަށެވެ.

    ޕެކޭޖްކޮށްފައިވާ ބޯފެނުގެ ބްރޭންޑާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކެޓްރީނާ ކައިފް ބުނީ "ހައިޑްރޭޝަން އަކީ އަބަދުވެސް އަހަރެންނަށް ފޯކަސް ކުރާ މުހިންމު ދާއިރާއެއް. ހައިޑްރޭޝަން ސްޕޭސްގައި ކަމެއް ކުރަން ބޭނުން ވާތާ ދުވަސްކޮޅެއް ވެއްޖެ. ޕެޕްސީކޯ އިންޑިއާ އާއި އެކު އަކުއާފިނާގެ މޫނަކަށް ވުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވޭ" ކެޓްރީނާ ބުންޏެވެ.

    ފިލްމީ ދާއިރާއިން ކެޓްރީނާ ކައިފް އެންމެ ފަހުން ފެނިފައި ވަނީ ފުރަތަމަ ފަހަރަށް ޖިންނިއެއްގެ ރޯލު ކުޅުނު ބިރުވެރި ކޮމެޑީ ފިލްމު "ފޯން ބޫތު" އިންނެވެ. މިހާރު ބަތަލާއަށް ވިޖޭ ސެތޫޕަތީ އާއި ސަލްމާން ހާން، އިމްރާން ހާޝްމީ ލީޑް ރޯލުން ފެނިގެންދާ ފިލްމު ޓައިގާ 3 ފަދަ ފިލްމުތަކާ އެކު ސްރީރާމް ރާގަވާންގެ 'މެރީ ކްރިސްމަސް' ވެސް ކުރިއަށް އެބަދެއެވެ.

    ]]>
    Thu, 29 Dec 2022 10:39:33 +0500 ހީރަސް
    ޝީޒާން ކައިވެނީގެ ނަމުގައި ތޫނިޝާ ބޭނުންކޮށް ޑިޗްކުރި: ތޫނިޝާ މަންމަ https://heerasnews.com/842 https://heerasnews.com/842 ޓީވީ ބަތަލާ ތޫނީޝާ ޝަރްމާގެ މަރުގެ މައްސަލަ ބޮޑު މައްސަލަ އަކަށްވެ، އޭނާ އަމިއްލައަށް މަރުވުމުން އޭނާގެ އަލީ ބާބާ: ދަސްތާން-އީ-ކާބުލްގެ ކޯ ސްޓާ ޝީޒާން ހާންގެ މައްޗަށް ގާނޫނީ އެތައް ތުހުމަތުތަކެއް ކުރެވިއްޖެއެވެ. ޝީޒަން ހާން މީޑިއާ އާއި ވާހަކަ ދެއްކި ނަމަވެސް، އޭނަގެ އާއިލާއިން ވަނީ، މި އަދުގެ ވަގުތެއްގައި ރަސްމީ ބަޔާނެއް ނެރެ، މީޑިއާތަކުން އެ މީހުންނަށް "ޕްރައިވަސީ"(މިނިވަންކަން) ދިނުމަށް އެދިފަ އެވެ. އަނެއްކޮޅުން ތޫނީޝާގެ މަންމަ އެ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. މި ވީޑިޔޯގައި ތޫނިޝާގެ މަންމަ ބުނާ ގޮތުގައި، ޝީޒަން ހާން ވަނީ އޭނާގެ އަންހެން ދަރިފުޅު ކައިވެނި ކުރުމުގެ ނަމުގައި ބޭނުންކޮށް ޑިޗްކޮށްފައެވެ.

    އިންސްޓަގްރާމްގައި އެނބުރެމުން އަންނަ މި ވީޑިއޯގައި ތޫނީޝާ ޝަރްމާގެ މަންމަ ވަނީތާ ޝަރްމާ ބުނީ، "އަހަރެން މީޑިޔާގެ ހުރިހާ އެންމެނަށް ބުނެދޭން ބޭނުންވަނީ ޝީޒަން ހާން އަހަރެންގެ ދަރިފުޅަށް ކެހި ދިނީއޭ. އަހަރެންގެ ދަރިފުޅާއެކު ގުޅުމެއް ބާއްވާ، ކައިވެނި ކުރާނެ ކަމުގެ ޔަގީންކަން ދީގެން، އެހެން އަންހެނަކާއެކު 'ގުޅުމެއް' ބާއްވަމުން ހަތަރު ފަސް މަހު ތޫނިޝާ ހައްލާލައިގެން ގެންގުޅެފައި ހިޔާނާތްތެރިވެ ދޫކޮށްލީ. ކައިވެނީގެ ވައުދާ އަހުދުވެފައި ތޫނިޝާ ދޫކޮށްލީ. އަހަރެން ހަމައެކަނި ބޭނުން ވަނީ އޭނާ އިންސާފުގެ ކުރިމައްޗަށް ގެނެސް އަދަބު ދޭން، އަދަބު ހައްގު އޭނައަށް، އޭނަ ދޫކޮށްލައިގެން ނުވާނެ. އަހަރެންގެ ދަރިފުޅު ހިނގައްޖެ. މީޑިޔާ އަދިވެސް ވަރަށް ބޮޑަށް އަހަރެމެންނަށް އެއްބާރުލުން ދޭތީވެ ހިތުގެ އެންމެ ފުނުން ޝުކުރު އަދާ ކުރަން. "

    ތޫނިޝާގެ މަންމަގެ މި ވީޑިއޯ އަޕްލޯޑްވެފައި ވަނީ، ޝީޒާންހާން ފުލުހުންނަށް އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ހާން އާއިލާއިން ނެރުނު ބަޔާނަށް ފަހުގައެވެ. ބަޔާނުގައި ވާ ގޮތުގައި ޝީޒަންހާން ބަރާބަރަށް މުމްބާއީގެ ފުލުހުންނަށް އެއްބާރުލުން ދެމުން އަންނަ ވާހަކައަށް ފަހު "އަޅުގަނޑުމެން މި ވާހަކަ ދައްކާނީ ވަގުތު ޖެހުމުން. އެ ކަމަކު މި ވަގުތު އަޅުގަނޑުމެންގެ އާއިލާއަށް ހައްގުވާ ޕްރައިވަސީ އަޅުގަނޑުމެންނަށް ދެއްވާ"ށޭ ވަނީ ބުނެފައެވެ.

    ]]>
    Thu, 29 Dec 2022 10:39:04 +0500 ހީރަސް
    ޔާމީނަކީ އިބޫ ބިރުގަންނަން ޖެހޭވަރުގެ މީހެއްނޫން https://heerasnews.com/841 https://heerasnews.com/841 ރާއްޖޭގެ ސިޔާސީ އޮއިވަރު އެނބުރެމުން ސެނބުރެމުންދާ ގޮތަށް ވިސްނާ މީހުން އެކި ގޮތްގޮތަށް އަންދާޒާތައް އެބަކުރެއެވެ. މިހާރު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ދައުވަ ތަކުގެ ވާހަކައެވެ. ކުރީގެ ރައީސް ޔާމީނަށް އިއްވޭ ހުކުމް ތަކުގެ ވާހަކައެވެ. ކުރީގެ ރައީސް ޔާމީނުގެ މައްޗަށް އިއްވެނީ ސިޔާސީ ހުކުން ތަކެއް ކަމުގެ ވާހަކައެވެ.

    ޔާމީނު ރައީސް ކަމުގައި ހިނގާފައިވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ހިގާފައި އޮތްކަމެކެވެ. އެކަމާ ގުޅިގެން ރައީސް ޔާމީނުގެ ޓޫރިޒަމް މިނިސްޓަރކަން ކުރެއްވި އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތުގެ މައްޗަށް ޝަރީއަތުން ކުށް ސާބިތުވެ އެ ބޭފުޅުން ތިއްބެވީ ހުކުމް ތަންފީޒު ކުރުމުގައެވެ. އެދެބޭފުޅުން ނޫނަސް އެތައް ބައެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވި ތަހުގީގުތައް ހިންގަމުން ދިޔައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ހިޔާނާތަށް ތުހުމަތު ކުރެވޭ އެއްބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. ރައީސް ޔާމީނުގެ މައްޗަށް ތުހުމަތުތައް ކުރެވި ތަހުގީގުކޮށް ޝަރީއަތްތައް ހިނގާތާ ދެ ތިން އަހަރު ވެއްޖެއެވެ. ބޮޑު ހުކުމެއް އިއްވާ ޖަލަށްލެވި އެ ހުކުމުން ސްޕްރީމް ކޯޓުން ބާތިލު ކުރެވި އެތައް ކަމެއް ހިނގައިފިއެވެ. އިތުރު ތަހުގީތަކާ ޝަރީއަތްތައް އޮތީ ހިނގަ ހިނގައެވެ.

    ބޮޑެތި ތުހުމަތުތައް ކުރެވި ތަހުގީގުތައް ހިނގާ ޝަރީއަތްތަށް ރައީސް ޔާމީނުގެ މައްޗަށް ހިނގަ ހިނގާ އޮއްވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ވެރިވެ ވަޑައިގެން މުޅި މައްސަލަ ސިޔާސީ ކުރެއްވިއެވެ. ތުހުމަތު ތަކާއި ގުޅިގެން ތަހުގީގު ތަކަށް ހާޒިރުކޮށް ޝަރީއަތް ކުރެވޭނެކަން އެނގި ވަޑައިގެން ހުންނަވާ ޕްރައިމަރީއަކާއި ނުލާ ރިޔާސީ ޓިކެޓް ހޯއްދެވީ ދެވަނަ ބޭނުންފުޅަކު ނޫނެވެ. އިދިކޮޅު ސިޔާސީ ލީޑަރަށް ސަރުކާރުން ސިޔާސީ ގޮތުން ގޯނާ ކުރާ ކަމުގެ ބަދުނާމް ސަރުކާރަށް ރައްދުކުރެއްވުމުގެ ބޭނުންފުޅުގައެވެ. ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ތަހުގީގުތަކާއި ހިންގޭ ޝަރީއަތްތައް ސިޔާސީ ކުރެއްވީ ހޮދު ރައީސް ޔާމީނެވެ. ސަރުކާރަކުން ނޫނެވެ. 

    ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ޝަރީއަތް ހިންގަނީ ރައީސް ސާލިހު ބިރުފުޅުން ކަމަށް ބަޔަކު ދެކޭތީ އަންނަނީ ހިންޏެވެ. ރައީސް ސާލިހު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިކުންނަވާނީ ރައީސް ޔާމީނު ހެއްދެވިހެން ވާދަވެރިންނަށް ވާދަނުކުރެއްވޭނެ ގޮތް ހައްދަވާފައެއް ނޫނެވެ. ރައީސް ސާލިހު ރިޔާސީ އިންތިހާބަށް ނިކުންނަވާނީ ވާދަ ވެރިންނާ ރަނގަޅަށް ވާދަކުރައްވައިގެން އެބޭފުޅުން ބަލިކުރައްވާ ކާމިޔާބު ކުރެއްވުމަށެވެ. 

    ކުރީގެ ރައީސް ޔާމީނަކީ ރައީސް ސާލިހު ބިރުފުޅުގެންވަޑައި ގަންނަން ޖެހި ވަޑައި ގަންނަވާ ވަރުގެ ބޭފުޅެއް ނޫނެވެ. ރައީސް ސާލިހަކީ ކުރީގެ ރައީސް ޔާމީނު އާރާބާރުގައި ހުންނަވަނިކޮށް ރައީސް ޔާމީނާ ވާދަ ކުރައްވައިގެން އެއްބުރުން 68 އިންސަތަ ހޯއްދަވައިގެން ރައީސް ޔާމީނުގެ މައްޗަށް ކުރި ހޯއްދެވި ލީޑަރެވެ.    

    ]]>
    Wed, 28 Dec 2022 20:06:31 +0500 ހީރަސް
    ޝާހުގެ ޒަމާންވީ އުންމީދު "ޕަތާން"އާއި އެކު ހަގީގަތަކަށް https://heerasnews.com/840 https://heerasnews.com/840 ޝާހްރުކް ހާން ހާމަކުރާ ގޮތުގައި އޭނާ އަބަދުވެސް ބޭނުންވީ އަދިތިޔާ ޗޯޕްރާއާ އެކު އެކްޝަން ފިލްމެއް ހެދުމަށެވެ. އެއީ އޭނާގެ އަބަދުގެވެސް އެންމެ ބޮޑު، އޭނާގެ ޒަމާންވީ އުންމީދެވެ."  ފިލްމީ ދާއިރާއަށް ވަނީއްސުރެ އަދިތިޔާ ޗޯޕްރާ އާ އެކު އެކްޝަން ފިލްމެއްގައި މަސައްކަތް ކުރުމަކީ އަހަރެންގެ އެންމެ ބޮޑު އެދުން" ޝާހު ހާމަަ ކުރިއެވެ. 

    އަދިތިޔާ ޗޯޕްރާ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭނގޭ" ފިލްމު ޝާހުއަށް ހުށަހެޅި އިރު، އޭނާގެ ހިތުގައި، އަދިތިޔާއާއި އެކު އެކްޝަން ފިލްމެއް ހެދުމުގެ އުންމީދު އޮތްވަރު ހާމަ ކުރަމުން ޝާހު ބުނީ އެއީ ފިލްުމު ކުޅެން ފެށީއްސުރެ އޭނާގެ އެންމެ ބޮޑު އުންމީދު ކަމުގައެވެ.

    ޝާހްރުކް ހާން އާއި ޔާޝް ރާޖް ފިލްމްސް އާއި ދެމެދު ދިގު މުއްދަތަކަށް ގުޅުން އުފެދިފައިވާ މައިގަނޑު އެއް ސަބަބަކީ "ދިލްވާލޭ ދުލްހާނިއާ ލޭ ޖާޔެންގޭ" ކަން އެއީ އެންމެނަށްވެސް އެނގޭ ބޮޑު ހަގީގަތެކެވެ. އެހެންނަމަވެސް ބޮލީވުޑްފެ ސުޕަސްޓާ ދާދި ފަހުން ހާމަކުރި ގޮތުގައި އެވަރގްރީން ރޮމޭންސް ލެޖެންޑެއްގެ ގޮތުގައި އޭނާ މަޝްހޫރުވުން، އޭނާގެ ހުރިހާ ކާމިޔާބެއްގެ އަސްލު ފެށުން، އޭނާގެ ރެކޯޑް މުގުރާލި ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭނޖާއޭނގޭ" އަކީ އެކަމެއް ކުރުމަށް އޭނާ ފުރަތަމަ ފަހަރަށް ކުރަން ޝައުގުވެރިވި ކަމެއް ނޫނެވެ. އޭނާގެ އަބަދުގެ ވެސް އެދުމަކަށް ވެފައި އޮތީ ފިލްމީ ކެރިއަރު ފެށުނީއްސުރެ ވެސް އެކްޝަން ފިލްމެއް ހެދުމެވެ. ފިލްމު އުފެއްދި އަދިތިޔާ ޗޯޕްރާ، ޝާހުރުކް ހާން އަށް ސްކްރިޕްޓެއްގެ މަސައްކަތް ވެސް ފެށި ނަމަވެސް ކުއްލި އަކަށް ހާލަތު ބަދަލުވެ، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ" ޝާހުއަށް ލިބުނެވެ. ކޮންމެ އަކަސް ފިލްމު "ޕަތާން"އާއި އެކު ޝާހުގެ މިއުންމީދު ހަގީގަތަކަށް ވެއްޖެ ކަހަލައެވެ.

    90ގެ އަހަރުތަކުގެ ކުރީކޮޅު ވައިއާރުއެފްގެ ބެނާގެ ދަށުން އެކްޝަން ފިލްމަކަށް ޝާހްރުކް ހާން އާ ގުޅުނު ދުވަސްވަރު ހަނދާން ކޮށްދެމުން ސުޕަރސްޓާރ ދިން އިންޓަވިއުއެއްގައި ބުނީ، " އެކްޝަން ފިލްމެއް ހެދުމަކީ ފިލްމީ ދާއިރާއަށް ވަން ދުވަހުން ފެށިގެންވެސް އަހަރެންގެ އެންމެ ބޮޑު އުންމީދު. އަހަންނާއި އަދިތިޔާ މަސައްކަތަށް ފަށައިގަތް އިރު އަދިތިޔާ އަހަންނަށް އެކްޝަން ފިލްމެއް ލިޔުނުވެސްމެ. އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން ރޮމޭންސް ނުވަތަ ސޯޝަލް ޑްރާމާއެއް ހެދިދާނެ ކަމަކަށް. އެކަމަކު އެއް ދުވަހަކު އަހަރެންގެ ގާތަށް އައިސް ބުނީ 'ޝާހްރުކް އަހަރެމެންނަށް މި ހިޔާލު ދޫކޮށްލެވޭނެތަ؟ އައިވް ގޮޓް އަ ލަވް ސްޓޯރީ ޓު ޑޫ.' އަދި ބާކީ ކަންތައް ވެގެން ދިޔަގޮތް އެނގޭނެ."

    ލީޑިން ލޭޑީގެ ރޯލުން ކާޖޮލް ފެނިގެންދިޔަ ދިލްވާލޭ ދުލްހަނިޔާ ލޭ ޖާއޭންގޭ ވިހި އަހަރަށް ވުރެ ގިނަ ދުވަހު ސިނަމާ ތަކުގައި އަޅުވަމުން އައީ ފިލްމީ ތާރީހުގައި ވެސް އެންމެ ގިނަ ދުވަހު ދެއްކި ފިލްމުގެ ގޮތުގައެވެ. 

    އަނެއްކޮޅުން ޝާހްރުކް ހާން ވަރަށް އަވަހަށް އެނބުރި އަންނާނީ ވައިއާރުއެފްގެ އިތުރު ވެންޗާއެއް ކަމަށްވާ ޕަތާންގެ ލީޑިން މޭންގެ ރޯލުންނެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ޖާސޫސެއްގެ ރޯލުންނެވެ. އެކްޝަން އެންޓަޓެއިންމަންޓެއް ހަދަން ލިބުނު ފުރުސަތުގައި ފުންމާލި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝާހު އިތުރަށް ބުނީ، "މިފަހަރު ޕަތާން އޭ ބުނިއިރު އޮތީ ކޮވިޑުގެ ހާލަތުގައި ހަމައެކަނި ކުޑަކޮށް ޝޫޓު ކޮށްލުމުގެ ހުއްދަ ލިބިފައި އޮތީ. ޕަތާން ގެ ހަބަރު ލިބުމާއެކު އަހަރެން އަވަސް އަވަހަށް އަހަރެންގެ ޓީމަށް އެންގިން 'މިފަހަރު ކެންސަލް ކޮށްުލުމުގެ ކުރިން އަވަހަށް މިކަން ކޮށްލަމާ ހިނގާށެވެ.' އެހެންކަމުން، އަހަރެން ވޯކްއައުޓްކޮށް ހަށިގަނޑު ބިނާކުރިން. އެކަމަކު އެއިން އެއްވެސް ކަމެއް ބޭނުމެއް ނުވި. އެ މީހުން ބުނީ 'ޔޫ ޖަސްޓް ޑޫ ކޫލް އެކްޝަން. ޔޫ އާ އީޒީ" އެވެ.

    ޕަތާންގައި ޝާހުރުކް ހާންގެ ލީޑިން ލޭޑީގެ ރޯލުން ދީޕިކާ ޕަދުކޯން ފެންނައިރު ފިލްމުގައި ޖޯން އަބްރަހަމް ވެސް ފެނިގެންދެ އެވެ. މި ފިލްމު، ހިންދީ، ތަމަޅަ، އަދި ޓެލަގޫ ބަހުން، ރިލީޒް ކުރާނީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

    ]]>
    Wed, 28 Dec 2022 15:40:31 +0500 ހީރަސް
    ޔާމީނާ ދެކޮޅަށް ޕިޕީއެމް އާއި ޕީއެންސީ https://heerasnews.com/839 https://heerasnews.com/839 ރާއްޖޭގެ ކޯޓުތަކުގެ ނިންމުންތަކަށް ފާޑުކިއުމުގެ ފުރުސަތެއް އެއްވެސް ފަރާތަކަށް ލިބިގެން ނުވާ ކަމަށް ރައީސް ޔާމީނު އެ މަނިކުފާނުގެ ވެރިކަމުގައި ވިދާޅުވިއެވެ. " މުޖުތަމައަކަށް ލިބިގެން ނުވޭ ރާއްޖޭގެ ފަނޑިޔާރުގެއަށް ފާޑުކިއުމުގެ ހައްގެއް. ގާނޫނު އަސާސީ އަޅުގަނޑުމެންގެ މައްޗަށް ލާޒިމް ކުރަނީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ނިންމާ ކަމެއް ނިންމީމާ، އެއީ ދިވެހި ހުރިހާ ރައްޔިތުން ކިޔަމަންތެރިވެ، އެއަށް ބޯލެނބުން ލާޒިމް ކުރާ ކަމެއްގެ ގޮތުގައި،" ރައީސް ޔާމީނު ވިދާޅުވެފައި ވެއެވެ.

    ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި ޝަރީއަތުން ނިންމާ ކަމެއް ރައީސްއާ ހަމައަށް އަންނަން ނުޖެހޭ ކަމަށާއި ކުށުން ބަރީއަވާން ތިން މަރުހަލާ އޮންނައިރު، އެކަން ނުވުމަކީ ރައީސާ ހަމައަށް އަންނަން ޖެހޭ ކަމެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

    ރައީސް ޔާމީނު ވިދާޅުވި ވިދާޅުވުމާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީން މިހާރަކު މި އުޅެނީ ކޮން ފާޑަކަށް ހެއްޔެވެ. ރައީސް ޔާމީނެއް ކަމަކު ހުންނަވާނީ ގާނޫނުގެ މަތީގައި ނޫންކަން ރައީސް ޔާމީނު ވަނީ ވަރަށް ރަނގަޅަށް ވިދާޅުވެ ދެއްވާފައެވެ. " ސަރުކާރުން ކޮންމެ ކަމެއް ކުރާނީ ވެސް، ގާނޫނީ ހުކޫމަތުގެ ތެރެއިން" ކަމަށް ރައީސް ޔާމީނު ވިދާޅުވެފައި ވަނީ ސަމާސާ އަކަށް ނޫނެވެ. އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި " ސަރުކާރުން މީހުން ހިފާ ހައްޔަރެއް ނުކުރާނެ. ސަރުކާރުން ކުރާ ކަމެއް ކުރަނީ ބައަކު، ބައެއްގެ ހައްގުތަކަށް އަރައިގަތީމާ އެކަމާ ގުޅިގެން، މުޅި ރައްޔިތުންގެ މަސްލަހަތަށް" ޓަކައެވެ.

    ތެދު ފުޅެކެވެ. ރައީސް ޔާމީނުގެ މައްޗަށް ޖަލު ހުކުމް ތަންފީޒު ކުރަން ޖެހުނީ ރައީސް ޔާމީނު ރައްޔިތުންގެ ހައްގަށް އަރައިގަނެ ރިޝްވަތުނަގާ މަނީލޯންޑަރ ކުރިކަން ޝަރީއަތަށް ސާބިތުވީމައެވެ. ޔާމީނު ވިދާޅުވިހެން ސަރުކާރުން ކުރި ކަމެއް ކުރީ ރައީސް ޔާމީނު، ބައެއްގެ ހައްގު ތަކަށް އަރައިގަތީމާ އެކަމާ ގުޅިގެން، މުޅި ރައްޔިތުންގެ މަސްލަހަތަށް ޓަކައެވެ. ދެން އޮންނާނީ ހުރިހާ މަރުހަލައިގެ ކޯޓުތަކުން ނިމެންދެން ކެއްތެރިވެގެން ތިބުމެވެ.

    ރައީސް ޔާމީނު ވިދާޅުވިހެން ރާއްޖޭގެ ފަނޑިޔާރުގެއަށް ފާޑު ކިއުމުގެ ހައްގެއް މުޖުތަމައަކަށް ލިބިގެން ނުވެއެވެ. އެ މަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީ ލާޒިމް ކުރަނީ ދިވެހިރާއްޖޭގެ ތިން މަރުހަލާގެ ކޯޓުން ނިންމާ ކަމެއް ނިންމީމާ، އެއީ ދިވެހި ހުރިހާ ރައްޔިތުން ކިޔަމަންތެރިވެ، އެއަށް ބޯލެނބުމަށެވެ. މުޒާހަރާކޮށް ސުލްހަ މަސްލަހަތު ނަގާލާކަށް ނޫނެވެ. ޖަމާއަތުގެ މަސްލަހަތު ނަގާލުމުން އެކަން ކުރާ ބަޔަކު ހައްޔަރު ކުރާނެއެވެ. ރައީސް ޔާމީނު ވެސް ވިދާޅުވެފައިވާ ގޮތުގައި މުޒާހަރާއެއް ކޮށްގެން މީހަކު ހައްޔަރު ކުރިއަސް އެކަން ކުރަނީ ރައީސް އޮފީހުން އަންގައިގެނެއް ނޫނެވެ.

    ]]>
    Wed, 28 Dec 2022 13:15:11 +0500 ހީރަސް
    ވެރިކަމަށް ވަޑައިގެންނެވެންޏާ ރިޔާސީ ނިޒާމް އޯކޭ https://heerasnews.com/838 https://heerasnews.com/838 ހިޔަޅަށް މޭބިސްކަދުރު ހުތްވާ ބީދައިން އޮތް ވެރިކަމުގެ ނިޒާމު ގޯސްވާ ސިޔާސީ ލީޑަރުން އެބައުޅެއެވެ. ވެރިކަމުގެ އާރާބާރު ލިބެން އޮތްކުރު މަގަކީ ނިޒާމު ބަދަލުކުރުން ކަމަށް ވަންޏާ އެކަންނޫނީ ކުރަން އޮތް އެހެން ކަމެއް ނޯންނަ ކަމަށް ވެއެވެ. ރައީސް އަމީނާއި ނާސިރު ނިޒާމު ބަދަލު ކުރެއްވީ ރަސްކަން ވަރުތަވާން ނެތިގެންނެވެ. އެމްޑީޕީ އުފެދިގެން އައި އިރު ނިޒާމު ބަދަލު ކުރަން އުޅުނީ ރާއްޖޭގައި އޮތް މައުމޫނިޒަމް ފުޑުފުޑުކޮށްލުމަށް ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލުން މުހިންމު ވެގެންނެވެ.

    ގާނޫނު އަސާސީ އިސްލާހު ކުރި ކުރުމުގައި ނިޒާމީ ވޯޓަކަށް ދާން ޖެހުނީ އެހެން ވެގެނެވެ. ނިޒާމީ ވޯޓް ނިމިގެން ދިޔައީ ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު ބޭނުންފުޅުވި ގޮތަށް ރިޔާސީ ނިޒާމް ދަމަހައްޓާށެވެ. 30 އަހަރުވީ މައުމޫނިޒަމް ބަދަލު ކުރުމުގެ ރޫހު އުފެދިފައި އޮތް ވަރުން 2008 ގެ ރިޔާސީ އިންތިހާބުގައި މައުމޫނު ބަލިވެ ވަޑައިގަތެވެ. ރިޔާސީ އިންތިހާބުގައި ރައީސްކަން ކާމިޔާބު ކުރެއްވީ ބަރުލަމާނީ ނިޒާމަކަށް އެންމެ ބޮޑަށް ވަކަލާތު ކުރެއްވި ރައީސް ނަޝީދެވެ. ރައީސްކަން ލިބި ވަޑައިގަތުމާ އެކު ބަރުލަމާނީ ވާހަކަ ހުއްޓިއްޖެއެވެ. ދައުރެއްގެ މެދުތެރެއިން ވޯޓަކަށް ދާވާހަކަ ދެއްކުމަކީ ހަމަ ޖެހޭ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު އޭރު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7 ގައި ވެއްޓި މަގުމަތި ވުމުން އަނެއްކާ ވެސް ބަރުލަމާނީވައިގަ ހިފަން ފެށިއެވެ.

    ރައީސް ޔާމީނުގެ ގޮށްމުށުގެ ވެރިކަން ނިމެމުން އައިއރު އެމްޑީޕީގައި ބަރުލާމާނީ އޮތީ ވަރަށް ބޮޑަށް ވައިގަ ހިފާފައެވެ. ސިޔާސީ ވާދަވެރިން ޖަލަށްލާ ގަދަ ހިފުމަކަށް ދިޔުމަށް ރައީސް ޔާމީނު ތައްޔާރުވެ ވަޑައިގަންނަވަމުން ދިޔައިރު އެމްޑީޕީގެ މެނިފެސްޓޯގައި ނިޒާމް ބަދަލު ކުރުމުގެ ވާހަކަ ލިޔުނެވެ. އެހެނަސް ރިޔާސީ އިންތިހާބު ކުޑަތަން ވީއިރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީނާ ވާދަވެރި ޕާޓީތައް ގުޅިގެން 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އެއް ކެންޑިޑޭޓަކު ނެރެން މަޖުބޫރު ވިއެވެ. ހުރިހާ ސިޔާސީ ވާދަވެރި ލީޑަރުން ޖަލުގައި ތިބީމައެވެ.

    އެންމެން ގުޅިގެން ފަސޭހަ ކަމާއެކު އެމްޑީޕީ އިސްވެ އޮވެ ވެރިކަން ކުރާނެ ކޯލިޝަން ސަރުކާރެއް ރައްޔިތުން ހޮވާދީނީ އެއްބުރުން ތަނަވަސް އަގުލަބިއްޔަތުންނެވެ. ރައީސަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހެވެ. މެނިފެސްޓޯއަކީ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯއެވެ. ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ނިޒާމް ބަދަލު ކުރުމުގެ ވާހަކައެއް ނެތެވެ.

    ކުރީގެ ރައީސްް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވެސް އުފެދުނު ކޯލިޝަން ސަރުކާރު ދަމަހައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވިއެވެ. 2019 ގައި އޮތް މަޖިލިސް އިންތިހާބުގައި ކޯލިޝަންގެ ރޫހާ ހިލާފަށް ރައީސް ނަޝީދު އިސްވެހުންނަވާ އެމްޑީޕީއަށް މަޖިލިސްގެ ސުޕަރ މެޖޯރިޓީ ލިބުމުން ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އަނެއްކާ ވައިގައި ހިފިއެވެ.

    މަޖިލިސްގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް ނަޝީދަށް ސަރުކާރު ހިންގުމުގެ ބާރު ފުރޮޅާ ލެއްވުމުގެ ހުވަފެންފުޅު ނަޝީދު ކުރިއަށް ނެރުއްވިއެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުން ބަދަލުކޮށް ރައީސުލްޖުމްހުރިއްޔާ ރަމްޒީ ބޭފުޅަކަށް ހައްދަވާ ބޮޑު ވަޒީރަކަށް ވެވަޑައިގަތުމުގެ މަސްތުގައި ނަޝީދު ޖެހި ވަޑައިގަތެވެ. ނިޒާމީ ވޯޓަކަށް ދިޔުމަށް ކެތް ނުކުރެއްވިގެން ރައީސް ސާލިހަށް ވެސް ދެންނެވީއެވެ. އެކަމާ ރައީސް އެއްބަސްވެ ވަޑައި ނުގަތުންވީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަން އުފެދި އެއް ފެކްޝަނުން ސަރުކާރު ހިންގަން ދަތިކުރަން ފެށި ފެށުމަށެވެ.

    ނިޒާމީ ވޯޓު ނުނަގާ ރިޔާސީ އިންތިހާބަށް ދިޔުމަކީ ކުރަން ނުވާވަރުގެ ބޮޑުފާފައެއް ކަމަށް ނަޝީދު ދެކި ވަޑައިގެން ނިޒާމީ ކެންޕެއިންތައް ފައްޓުވާ މެންބަރުންގެ ތެރޭގައި ސަރުކާރަށް ނަފްރަތު އުފައްދަން ފެއްޓެވީއެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ ރައީސް ކަމުގައި ނަޝީދު ހުންނަވަނިކޮށް  އެމްޑީޕީ ޕީޖީގްރޫޕާއި ގައުމީ މަޖިލީހާއި ސެކެރެޓްރިއޭޓާއި ކޮންގްރަސްގެ ކޮންޓްރޯލް ރައީސް ނަޝީދަށް ގެއްލި ވަޑައިގަތީއެވެ. އެންމެ ފަހުން ނިޒާމީ ވޯޓަށް ނުގޮސް ރިޔާސީ ޕްރައިމަރީގެ ވާހަކަ ވެސް ދައްކަން ނުވާނެ ކަމަށް ވިދާޅުވި ރައީސް ނަޝީދު އުނބަށް ޖައްސަވާ ރިޔާސީ ޕްރައިމަރީއަށް ވެސް ނިކުމެ ވަޑައިގަތީއެވެ.

    ]]>
    Wed, 28 Dec 2022 11:28:42 +0500 ހީރަސް
    ބޮޑު ހިޔާނާތުގާ ޔާމީނުގެ މައްސަލަތައް އިސްވަނީ ކީއްވެ! https://heerasnews.com/837 https://heerasnews.com/837 ކުރީގެ ރައީސް ޔާމިނު މަނީލޯންޑަރ ކުރިކަމާއި ރިޝްވަތު ހިފިކަން ކްރިމިނަލް ކޯޓަށް އެ އޮތީ ސާބިތުވެފައެވެ. ދެ އަނގަ ޖަމީލަކަށް ޓޮމަކަށް އެ ހުކުމެއް ބަދަލެއް ނުކުރެވޭނެއެވެ. އަދުރޭ އަކަސް ހުކުމުގެ ހަލާލު ހަރާމެއް ކަނޑައެއް ނެޅޭނެއެވެ. ނޫސްކޮންފަރެންސަކުން މުޒާހަރާއަކުން ޓްވިޓަރ އަކުން އެ ހުކުމެއް ބާތިލެއް ނުކުރެވޭނެއެވެ.

    ހުކުމާ މެދު ހިތް ހަމަ ނުޖެހެންޏާ އިސްތުއުނާފް ކުރަން ހައިކޯޓަށް ދާށެވެ. ހައިކޯޓުގައި ހުއްޖަތް ގާއިމުކޮށްގެން ހުކުމް ބަދަލު ކޮށްލާށެވެ. ނޫނީ ބާތިލު ކޮށްލާށެވެ. ހައިކޯޓުން ހުކުމް ދަމަހައްޓައިފި ނަމަ ސްޕްރީމް ކޯޓަށް ވެސް ދާށެވެ. ޔާމީނަށް ހެޔޮ އެދެންޏާ މިއަދު ކޮށްދޭންވީ އެކަމެވެ.

    ޔާމީނު ނޫނަސް ކިތަންމެ ބަޔަކު ޖަލު ހުކުމް ތަންފީޒު ކުރަމުން އެބަދެއެވެ. އެ މީހުނަށް ވެސް ހުކުމް ކުރީ ރާއްޖޭގެ ކޯޓު ތަކުންނެވެ. ޖަލުގައި ތިބިހާ ބަޔަކު އެތިބިއްޔަކީ އެ މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމާ މެދު ހިތް ހަމަ ޖެހިގެނެއް ނޫނެވެ. ނިޔާއަށް ތަބާ ވެގެންނެވެ. ހައްޔަރުގައި ތިބި އެހެން މީހުނަށް ނުގެއްލުނު ހައްގެއް ޔާމީނަށް ގެއްލިގެން ފަސާދަ އުފައްދަން މަގުތަކަށް ނިކުމެ ތެޅި ބޭލީމާ ފައިބާނީ އެ ބައެއްގެ ހުޅުނބެވެ. މާސް މީޑިއާ ހެޑްލައިން ހަދަން މީސް މީޑިއާ އާއި ނޫސް ކޮންފަރެންސް ތަކުގައި ބޮޑެތި ވާހަކަ ދައްކަނީ އަމިއްލަ މީހާ މަޝްހޫރުވާށެވެ. ޔާމީނަށް ހެވެއް އެދިގެނެއް ނޫނެވެ.

    އާނއެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރާއްޖޭގައި " ސްޓޭޓް ސްޕޮންސަރޑް" އެންމެ ބޮޑު ހިޔާނާތެވެ. ރައްޔިތުންގެ ހައްގު ތަކަށް ރައްކާތެރި ވުމަށް މާތް ﷲ ގަންދީ ހުވާކޮށްގެން ދައުލަތުގެ އެންމެ އިސްވެރިއަކަށް ހުރި މީހާގެ އަމިއްލަ އެކައުންޓްތައް ގޮތް ނޭނގޭ ފައިސާ ތަކުން ފުރި ބަންޑުންވިމާ "ހޮޅުއަށީގައި އިންނަ އާދަންބެ" ވެސް އެއީ ވަގެކޭ ބުނާނެއެވެ. ވެރިކަމުގައި ހުރެ އާއްމު އެއްވުމެއްގައި އަމިއްލަ ގެއަށް ވަން ފައިސާ ހަރާން ކަމާމެދު ޝައްކެއް ނެތްކަމަށް އަމިއްލަ ދުލުން ބުނީމާ އެއީ ދެއްކި ސިޔާސީ ވާހަކައަކަށް ނުވެއެވެ. މުސާރައާއި އިނާޔަތުގެ ގޮތުގައި ދައުލަތުން ރައީސަށް ލިބެނީ ދެ ލައްކައަށް ވުރެ ކުޑަ މިންވަރެކެވެ. މަގާމުގައި ހުރެ ވިޔާފާރި ކުރުން މަނާ ރައީސް ހިޔާނާތެއް ނުވެ ރިޝްވަތެއް ނުހިފާ އެކައުންޓުތައް މިލިޔަން މިލިޔަން ޑޮލަރުން ފުރިބާރު ބާރުވަނީ ދަރިމައިވާ މުސާރައެއް ލިބޭތީތާއެވެ.

    އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލާ އަވަހަށް އިންސާފު ނުހޯދާ އެކަމާ ގުޅުން ހުރި އެހެން އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތް ހިންގީމާ ވާގޮތް އެބަފެނޭ ނޫންހެއްޔެވެ. އަރާއި ބާރުގައި ހުރެ ކަމުން ރެކެން އަދީބާއި ޒިޔަތުގެ މައްޗަށް ޝަރީއަތް ހިންގާ ކުށް ސާބިތު ކޮށްފައި ތިބުމުން އެ ދެ މީހުންގެ ބަހަކީ ފާސިގު ހެކިބަހަށްވެ އެހެން މީހުން ކުށުން ބަރީއަވެގަތުމަށް އޮތް ހުއްޖަތަކަށް އެކަން އެބަ ހަދައެވެ. އެއްވެސް ކަމެއް ހިނގި ގޮތް އެ ކަމެއް ކުރުމުގައި އުޅުނު ބަޔަކަށް ވުރެ ރަނގަޅަކަށް އެހެން ބަޔަކަށް ނޭނގޭނެއެވެ. އެހެން ކަމަށް ވާނަމަ އެ ކަމެއްގައި އެންމެ އިސްކޮށް ހުރި މީހާކަމަށް ތުހުމަތު ކުރެވޭ މީހާގެ މައްސަލަ އިހަށް ނުބަލާ އެހެން މީހެއްގެ މައްސަލައެއް އިސް ކުރެވިގެން ނުވާނެއެވެ.

    އަމްދުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުރި މީހެއްގެ މައްޗަށް ކުށެއްގެ ތުހުމަތު ކުރެވުމުން އެންމެ ފުރަތަމަ ބަލަން ޖެހެނީ އެކަމެކެވެ. މަގާމުގައި ހުންނަ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަށް އޭނާ މަގާމުން ވަކި ވަންދެން ދައުވާ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީގައި އޮތުމުން އެ މީހަކު މަގާމުން ވަކިވުމުން އެ ކަންކަން ބަލާ ތަހުގީގު ކުރަން ލާޒިމެވެ. ރައިސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ބަލާ ތަހުގީގުކޮށް ޝަރީއަތް ކުރުން އިސްވަނީ އެހެން ވެގެނެވެ.  

    ރައީސް ޔާމީނު އައްޔަނުކޮށްފައި ހުރި ވަޒީރަކާއި އެމްޑީއަކު ބައިވެރި ވެގެން ދެ ތިން ހަތަރު އަހަރު ވަންދެން ދައުލަތް ދަވާލިއިރު ރައީސް ޔާމީނަށް ނޭނގުނީ ޔާމީނު ކޯމާއެއްގައި އޮތީމައެވެ. ބޮޑު ހިޔާނާތުގައި ރައީސް ޔާމިނުގެ ބައިވެރި ވުމެއް ނެތްނަމަ ރޭވިގެން ސަޅިކޮށް އެވަރުގެ ބޮޑު ހިޔާނާތެއް އަދީބަކަށް ޒިޔަތަކަށް ނުހިންގޭނެކަން ޔަގީނެވެ. އަމްދުން އެ ހިޔާނާތުގައި ސަތޭކައެއްހާ ފަޅުރަށާއި ފަޅުފަޅާއި ވިއްކާ ފައިސާތައް ހަަޖަމުކޮށް ނިންމިއިރު ޔާމީނަށް ދޮންކަޅު ނޭނގުމަކީ އަރަތެކެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް ޔާމީނަކީ ހިޔާނާތްތެރި އަކަށް ނުވަންޏާ ހިޔާނާތްތެރިއަކު ނޫޅޭނެއެވެ.

    ]]>
    Tue, 27 Dec 2022 17:05:44 +0500 ހީރަސް
    ސްޓެލްކޯ އުޖާލާ ކުރިމަގާއި ކާމިޔާބީ https://heerasnews.com/836 https://heerasnews.com/836 ސްޓެލްކޯގެ އަހަރީ އާއްމު ޖަލްސާ 2021 މިއަދު ބާއްވައިފިއެވެ. މި ޖަލްސާގައި 2021 ވަނަ އަހަރު ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކާއި ކުންފުނީގެ މާލީ ހިސާބުތައް ހުށަހެޅުނެވެ. ކުންފުނީގެ ކުރި މަގާ މެދުވެސް މިޖަލްސާގައި އަލި އަޅުވާލެވިގެން ދިޔައެވެ.

    ދުނިޔެއަށް ދިމާވި ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުން އައި އިރު ދުނިޔެއާއި ރާއްޖޭގެ އިގްތިސާދަށް އައި ހީނަރުކަމާއި، ދިމާވި އެކި ގޮންޖެހުންތަކާއި އެކުވެސް ސްޓެލްކޯގެ މާލީ ހާލަތު އިނދަ ޖެހުނަ ނުދީ ދެމެހެއްޓިފައިކަން ފާހަގަ ކުރެވުނެވެ. އަނެއް ކޮޅުން ކޮވިޑްގެ ދަތި ހާލަތުގައި އެކި ވަރުގެ އެހީތެރިކަން ސްތެލްކޯގެ ފަރާތުން ސަރުކާރަށާއި، ރައްޔިތުންނަށް ފޯރުވައިދެވިފައި ވަނީ ފަހުރުވެރިވާ ފަދަ މިންވަރެއްގައިކަން ޖަލްސާގައި ފާހަގަ ކުރެވިގެން ދިޔައެވެ.

    ސްޓެލްކޯގެ އަހަރީ އާއްމު ޖަލްސާއަށް  ހުށަހެޅި 2023 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓްއަކީ ސާރޕްލަސް ބަޖެޓެއްކަމުން ސްޓެލްކޯގެ އަމާޒަށް ވާސިލުވުމުގައި ދަރަނި ވެރިކަމެއް ނެތެވެ.

    ކުންފުނީގެ  މިހާރުގެ އަމާޒަކީ ސަރުކާރުގެ ނެޓްޒީރޯ އަމާޒަށް ވާސިލްވުމެވެ. ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކުރުމެވެ. ހިންގުމުގެ ހަރަދު ކުޑަކޮށް ކުންފުނީގެ ގްރިޑްގައި ބޭނުންކުރާ 35 އިންސައްތަ ހަކަތަ އަކީ، އިޔާދަކުރަނިވި ހަކަތައަށް ހެދުމެވެ.

    އެނާރޖީ މެނޭޖްމަންޓް ސިސްޓަމްއެއްގެ މަސައްކަތް ފިންލޭންޑްގެ ވާރޓްސިލާ ކުންފުންޏާއި ގުޅިގެން ކުރަމުންދާ ކަމުގެ މައުލޫމާތު އަހަރީ އާއްމު ޖަލްސާގައި ދިނެވެ.  އެނާރޖީ މެނޭޖްމަންޓް ސިސްޓަމް ގާއިމް ކުރެވުމުން ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު ވަރަށް ބޮޑުތަނުން ކުޑަ ކުރެވިގެންދާނެއެވެ. އަނެއްކޮޅުން ކުންފުނީގެ އެކްސްޓާރނަލް އޮޑިޓަރުގެ ގޮތުގައި، ކްރޯ މޯލްޑިވްސް ހަމަޖެއްސުމަށް އަހަރީ ޢާމު ޖަލްސާއިން ނިންމިއެވެ.

    2020 ވަނަ އަހަރާއި އަޅާބަލާއިރު ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ޑިއުރޭޝަން (SAIDI) 30 އިންސައްތަ ވަނީ އިމްޕްރޫވް ވެފައެވެ. ހަމަ އެހެންމެ ސިސްޓަމް އެވްރެޖް އިންޓަރަޕްޝަން ފްރިކުއެންސީ އިންޑެކްސް (SAIFI) 26 އިންސައްތަ އިމްޕްރޫވްވެފައި ވާކަން އަހަރީ އާއްމު ޖަލްސާގައި ފާހަގަ ވެގެން ދިޔައެވެ.

    ސްޓެލްކޯގެ މަސައްކަތްތަކުގައި ސަރުކާރުން އަދި ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އެއްބާރުލުން މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވަރަށް ބޮޑަށް ފާހަގަ ކުރައްވާ ރައީސަށް ހިފެހެއްޓުމެއް ނެތް ޝުކުރާ ތައުރީފް އަދާ ކުރެއްވިއެވެ.

    ސްޓެލްކޯގެ މިހާރުގެ އަމާޒު

    ތެލަށް ކުރާ ހޭދަ ކުޑަކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް އިޔާދަ ކުރަނިވި ހަކަތައިގެ އެހެނިހެން ވަސީލަތްތައް ތަޖުރިބާ ކުރުމަށް ސްޓެލްކޯވަނި އަމާޒު ހިފާފައެވެ.

    ވިޔަފާރި ޑައިވަރސިފައިކޮށް، ސޭލްސް ސެންޓަރާއި ސާވިސް ސެންޓަރުގެ ވިޔަފާރި އިތުރަށް ފުޅާ ކުރުމާއެކު އިތުރު ވިޔަފާރިތައް ހޯދާ އައު ވިޔާފާރި ތަކަށް ވަދެ އޭގެން ލިބޭ ނަފާއިން ކަރަންޓުގެ ޓެރިފްތައް ކުޑަކުރުމަކީ ސްޓެލްކޯގެ މިސްރާބެވެ.

    70 މެގަވޮޓްގެ ޕަވަރޕްލާންޓެއް ގާއިމް ކޮށް ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި ސިކްސްތް ޕަވަރ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް ފެށުމަށް ނިންމި ނިންމުމަކީ ކުރިމަގަށް ކޮށެވޭ އެންމެ އަލި މަގެވެ.

    ގްރޭޓާ މާލޭ އިންޓަރކަނެކްޝަން ގްރިޑްގެ ފޭސް 2 ގެ މަސައްކަތް ފަށާ އެއް ވިއުގައަކުން މާލެއާއި، ވިލިމާލެއާއި، ތިލަފުއްޓާއި، ގުޅީފަޅު ގުޅުވާލުން ވެގެން ދާނީ ބޮޑު ކާމިޔާބަކަށެވެ.

    ]]>
    Mon, 26 Dec 2022 19:09:23 +0500 ހީރަސް
    އެއްބައިވަންތަކަމުގެ ދުވަހުގެ ހަމްދަރުދީ ރައީސް ޔާމީނަށް https://heerasnews.com/835 https://heerasnews.com/835 ބަޔަކު ނަފްރަތާއި ފަސާދައިގެ ފޮނު އެރުވިޔަސް އެއީ ސައިބޯނި ބޮކިތަކެކެވެ. ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހު ވެސް ނަފްރަތާ ފަސާދައިގެ ހުޅު ފަޅަފަޅައިގެން ދަނީ ހަމަޖެހުމާ އިންސާފަށް ލޯބި ނުކުރާ އަމިއްލަ އެދުމުން ފޯވެފައި ތިބި ބައެއްގެ ކިބައިންނެވެ. ތިމާމެން އެދޭގޮތް ނޫން ގޮތަކީ ނެތް ގޮތެއް ކަމަށް ދެކިގެން ހަމަ ގަބޫލު ނުކުރާ ބަޔަކަށް ހަމައެއް ލަމައެއް ނޯންނާނެއެވެ. ބޭ އިންސާފަކީ އިންސާފުކަމަށް ދެކި އަރާބާރުގައި ތިބިއިރު ބޭއިންސާފުން ކަންކުރި ބަޔަކަށް އިންސާފުން ކުރާކަމެއް ކަމަކު ނުދާނެއެވެ. 

    ރާއްޖޭގެ ޖަލު ތަކުގައި ހުކުމް ތަންފީޒު ކުރާ އެތައް ބަޔަކު އެ ތަންތާ އެތިބީ ހިތުން ރުހުމުން ގޮހެއް ނޫނެވެ. އެ އެންމެން ވެސް ހުކުމަށް ތަބާވެ އެތިބެނީ ދިފާއުނުވެވި ހުކުމެއް ތަންފީޒު ކުރަން ޖެހުނީތީއެވެ. ހުކުމާ މެދު ނުރުހޭ މީހުންނަށް ނިހާއީ ހުކުމަށް ވާސިލު ވުމަށް އެކި މަރުހަލާގެ ކޯޓުތައް އެބަހުއްޓެވެ. 

    ހުކުމް ތަންފީޒު ކުރެވޭ ކޮންމެ މީހެއްގެ ވެސް އާއިލައަކާއި ލޯބިވާ ބަޔަކު ތިބޭނެއެވެ. އެކި މީހުންގެ ތިބެނީ އެކިވަރަށެވެ. ގިނަ ބަޔަކު މީހަކު ދެކެ ލޯބިވުމަކީ އެމީހެއްގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭ ކަމެއްގައި ޝަރީއަތް ނުހިންގާ ތަންފީޒު ކުރަން ޖެހޭ ހުކުމެއް ތަންފީޒު ނުކުރަން އޮތް ހުއްޖަތެއް ނޫނެވެ. އެކަމުގައި މަސްވެރިއެއް ކަނބުރެއް މުދިމެއް ރިޔާސީ ކެންޑިޑޭޓެއް ތަފާތެއް ނުވާނެއެވެ. 

    ކުރީގެ ރައިސުންނާ ފަނޑިޔާރުންނާއި ވަޒީރުންނާ ވެސް ޖަލުގެ ގޮޅިތަކުގެ ތޭރިތަކުގެ ފަހަތައް ދާން ޖެހުނީމާ ހުރީ ގޮއްސައެވެ. ނިހާއީ ހުކުމް ތަކުން ކިތަންމެ ބަޔަކު ކުށުން ބަރީއަ ވެފައިވެސް އެބަތިއްބެވެ. އެކަމުގައި ރައީސް މައުމޫނެއް ނަޝީދެއް ޔާމީނެއްގެ ތަފާތެއް ނެތެވެ. ތަފާތު ވަނީ އެމީހުނަށް ޖަލުގައި ދެވޭ އިމްތިޔާޒު ތަކެވެ. ރައްޔިތުންގެ ގިނަ ބައެއްގެ ލޯބި ލިބިތިބި ބަޔަކަށް ވާތީއެވެ. 

    ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހާ ދިމާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަތީ ތީ ހިތާމަކޮށް ހަމްދަރުދީ ފާޅުކުރަމެވެ. ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް ކެތްތެރިކަން ދެއްވާށިއެވެ. ކޮންމެ މީހަކަސް ވެސް އެމީހަކު ކުޅަކަމެއްގެ ނަތީޖާއާއި ފަހުން ނަމަވެސް އެމީހަކު ބައްދަލު ކުރަން ޖެހޭނެއެވެ. ދުނިޔޭގެ ސުންނަތަކީ އެއީއެވެ. މިއީ ދުނިޔެއެވެ. މަހުޝަރު ބިމެއް ނޫނެވެ. ދުވަހުގެ ހެޔޮ އެދުންތައް ފޮނުވަމުން އެއްބައިވަންތަ ކަމާއެކު ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި މުޅިގައުމު އެކަތިގަނޑަކަށްވެ ގާނޫނީ ސަރުކާރާ އަތުގުޅާލުން ފިތުނަ ފަސާދައަށްވުރެ ހެޔޮކަން ބޮޑެވެ.

    ]]>
    Mon, 26 Dec 2022 16:33:20 +0500 ހީރަސް
    ސްނާމީގެ ތަޖުރިބާ ރައީސްގެ ދޫފުޅުން https://heerasnews.com/834 https://heerasnews.com/834 26 ޑިސެމްބަރ 2004 ދުވަހު ރާއްޖެއަށް ސުނާމީ އެރި އިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހުންނެވީ އާއިލާއާއެކު އުފަން ރަށުގައެވެ. ޅ. ހިންނަވަރު އިބްރާހީމް މުހައްމަދު ސާލިހަކީ އޭރަކު އަދި ރައީސުލްޖުމްހޫރިއްޔާއެއް ނޫނެވެ. ރައްޔިތުން މަޖިލިސްގެ ޅ. އަތޮޅު މެންބަރެވެ.

    2004 ގެ ސްނާމީގެ އަމިއްލަފުޅު ތަޖުރިބާ ރައީސް ސާލިހު އާއްމު ތަނެއްގައި ފުރަތަމަ ފަހަރަށް ހިއްސާ ކުރެއްވީ މ. ކޮޅުފުށީގައި މިއަދު ކީރިތި ކުރައްވަމުންނެވެ.

    ސްނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއްރަށް ކަމުގައިވާ މ. ކޮޅުފުށީގައި ފާހަގަ ކުރަމުންދާ ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އެ ދުވަހު ކުރެއްވި ތަޖުރިބާ ހިއްސާކުރެއްވީ ވަރަށް ކުރުކޮށް އެހެނަސް އަސަރާއެކުގައެވެ.

    ”އަޅުގަނޑުގެ އަންހެނުންނާއި ދެ ކުދިންނާއި، މުޅި އާއިލާ އެކީ ތިބީ ރަށުގައި (ހިންނަވަރުގައި). އަޅުގަނޑުގެ ދޮށީ ދަރިފުޅު 9 އަހަރުގެ ޒާރާ... އިނީ ގޭކުރިމަތީގައި އިން ގަހެއްގައި. 7 އަހަރުގެ ފިރިހެން ދަރިފުޅު އިނީ ފާރެއް މަތީގައި. މުޅި އާއިލާ ރަށުގައި. އަޅުގަނޑު ހިތުން އެ ދުވަހު ކޮޅުފުއްޓަށް ވީގޮތަކީ އަޅުގަނޑު ދުށް މަންޒަރަށްވުރެ މާ ހިތާމަވެރި ދުވަހެއް. މާ ބިރުވެރި ދުވަހެއް." ކީރިތި ކުރައްވަމުން ރައީސް ވިދާޅުވިއެވެ.

    އެވަގުތު ރައީސްގެއާއިލާ ހިންނަވަރުގައި:ދަރިކަނބަލުން (ފާރުބުރިމަތީގައ)، އަނބިކަނބަލުން (ގޯތިތެރޭ ލޮނުގަނޑުތެރޭގައި)

    ލޮނުގަނޑު ރަށު ތެރެއަށް އަރައިގެން އައިސް، ގޭތެރެއަށް ވަދެ، އެ ރާޅު ފާބައިގެން ދިޔައިރުގައި މުޅި ރަށް ދޮވެލައިގެން އެ ދިޔަ ގޮތް އެއީ އެ ދުވަހު އެ ތަނުގައި ހުރި މީހަކަށް ނޫނިއްޔާ އިހުސާސް ކުރެވޭނެ ކަމެެއް ނޫނެވެ.

    ]]>
    Mon, 26 Dec 2022 14:48:18 +0500 ހީރަސް
    ރައީސް އެންމެ އިސްކަންދެއްވީ އެއްބައިވަންތަކަމަށް https://heerasnews.com/833 https://heerasnews.com/833 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އިސްކަން ދެއްވީ މުޖްތަމައުގައި ސުލްލްހަވެރިކަން ގާއިމު ކުރުމަށާއި ދިވެހިން އެއްބައިވަންތަކޮށް އެކުވެރި ކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ހޯއްދަވައި ދެއްވުމަށެވެ. އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން އިރު އޮތް އެންމެ އުނދަގޫ ކަމަކަށް ވެވަޑައިގަތީ ސިޔާސީ ކޯޅުންތަކުގެ ސަބަބުން މުޖްތަމައުގައި އަމާންކަމާއި ސުލްހަވެރިކަން ގެއްލިފައި އޮތް އޮތުމެވެ. އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް ކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ވަރަށް އަސަރާއި އެކުގައެވެ.

    ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި އާންމުންގެ މެދުގައި ސުލްހަވެރިކަމާއި އެއްބައިވަންތަކަން ގާއިމު ކުރެވޭނީ ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި ތަފާތު ކުރުން ނައްތާލައިގެންނެވެ. ހަމަހަމަކަމާއި އެކު ހިދުމަތްތައް ފޯރުކޮށް ދީގެންނެވެ. އެހެން ނޫނީ ސުލްހަ މަސަލަސްކަން ގާއިމު ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

    ރައީސް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރެއްވީ މުޖްތަމައުގައި ސުލްހަވެރިކަން ގާއިމުކުރެއްވުމަށާއި ދިވެހިން އެއްބައިވަންތަ ކުރެއްވުމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީ ވެސް އެއްބައިވަންތަކަން ގާއިމު ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ދުވަހެކެވެ. އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެއްޓެވި ކޮންމެ މަޝްރޫއެއްގެ އަމާޒަކީ، ވަކި ރަށެއް ތަފާތު ނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ހިދުމަތެއް ފޯރުކޮށްދެއްވުން ކަމުގައި ރައީސް ވިދާޅުވިއެވެ.

    ރާއްޖޭގެ ރައްޔިތުން އަސާސީ ހިދުމަތް ތަކުން މަހުރޫމްވެފައި ތިބޭތާ އެތައް އަހަރެއް ވެފައިވާތީ މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެ ހިދުމަތްތައް އެންމެ ފުރިހަމައަށް ގާއިމުކޮށް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

    ]]>
    Mon, 26 Dec 2022 14:05:33 +0500 ހީރަސް
    އައްޑޫ ރައީސާއެކު ތިބުމަށްވުރެ މޮޅުގޮތެއް މިހާރަކުނެތް https://heerasnews.com/832 https://heerasnews.com/832 އެއްވެސް ސަރުކާރަކުން އެއްވެސް ކަމެއް އައްޑުއަށް ކޮށްނުދޭ ކަމަކަށް ބުނާކަށް ނެތީމެވެ. އައްޑޫގެ އާބާދީއާއި ކަންކަން ކުރެވެން ހުރި ފަސޭހަ ކަމަށް ބަލާއިރު މިހާތަނަށް ސަރުކާރު ތަކުން އައްޑޫ ވަނީ ވަރަށް ބޮޑަށް އިހުމާލު ކޮށްލާފައެވެ. އިގްތިސާދީ ފުރުސަތުތަކާއި އަސާސީ އެތައް ކަމެއް ކުރެވެން ހުރެ އޮތީ ނުކޮށް ދޫކޮށްލާފައެވެ.

    ރައީސް ސާލިހުގެ ވެރިކަމާއި ހަމައަށް އައިރުވެސް ވެރިރަށް މާލެފިޔަވާ ރާއްޖޭގެ އެންމެ ބޮޑު އާބާދީ އައްޑޫ ސިޓީގައި އެންމެ އަސާސީ ކަންކަން ވެސް ފުރިހަމަ ކޮށްދެވިފައެއް ނެތެވެ. ރައީސް ސާލިހަށް ވެސް ޖެހިވަޑައިގަތީ އައްޑޫ ސިޓީގައި އެންމެ ފުރަތަމަ އަސާސީ ކަންކަން ފުރިހަމަ ކޮށްދެއްވަން އުޅުއްވާށެވެ.

    އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އައްޑޫގެ ކުރިއެރުމަށް ހިފާފައިވާ އަމާޒު ޔާމީނު ސަރުކާރުން އަގަޑަ ބަގަޑަކޮށް އޮޅުން ބޮޅުން ކޮށްލީ އައްޑޫ ސިޓީގެ ރައްޔިތުންގެ ތަސައްވުރަށް ބެލުމެއް ނެތިއެވެ. ކުރިކަމެއް ކުރީ މުޅި ސިޓީގެ ރައްޔިތުންގެ ފަސޭހައާއި ލާބައަށް ވުރެ ބޮޑަށް ވަކިވަކި ނުފޫޒު ގަދަ މީހުންގެ ބޭނުމާ އެއްގޮތަށެވެ. ތަސައްވަރެއް ޕްލޭނެއް ނެތިއެވެ. އަމާކީތީ ފަރަށް ދާގޮތަށެވެ.

    ހަލާކޮށްލާފައިވާ މަރަދޫ ބޮޑުމަގު

    ރަނގަޅު ފެންވަރެއްގައި އަލަށް މަގެއް ހެދުމުގެ ބަދަލުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ހެދި ބޮޑު މަގުވެސް ޔާމީނު ކޮށްލީ ހަލާކެވެ. ނަރުދަމައާއި ފެން އެޅުމަށް ހޮޅިވަޅުލުމުގެ ނަމުގައެވެ. ބޮޑު މަގު ހަލާކޮށްނުލާ ހޮޅިވަޅުލާނެ ގޮތެއް ޔާމީނު ސަރުކާރަކަށް ނުފެނުނެވެ. ވަނީ އެހެންތާއެވެ. މަގު ހެދި އިރު ނަރުދަމައާއި ފެން އެޅުމަށް މަގުހެދި ސަރުކާރުން ކޮށްފައި އޮތް ޕްލޭނަކަށް ބެލުމެއްނެތި އެކަން ކުރުމުން ޔާމީނުގެ ވެރިކަން ނިމުނު އިރުވެސް ބޮޑުމަގު އޮތީ ހަލާކުކޮށްލި ގޮތަށް ނުހެދިއެވެ.

    ރައީސް ސާލިހަށް ޖެހިވަޑައިގަތީ ބޮޑުމަގު ވެސް އަލުން ހަދާށެވެ. ބަނދަރުތައް ވެސް އަލުން ހަދާށެވެ. ކުރިން ނުހަދާ އޮތް އެތައް މަގެއް އަލަށް ހަދާށެވެ. 

    މަރަދޫ ބޮޑުމަގު އަލުން ހެދުމުގެ މަސައްކަތުގެ ތެރެއިން

    އައްޑޫގެ މުޅި މަންޒަރު ބަދަލުކޮށްލާ ތަރައްގީގެ ނާރެހަކަށް ބިނާކުރި ކޮންވެންސަން ސެންޓަރ އެތަނާ ގުޅިފައި އޮތް އައްޑޫގެ ޓޫރިޒަމް ޕްލޭން ޔާމީނު އެފުށް މިފުށަށް ޖަހާލިއެވެ. ކޮންވެންޝަން ސެންޓަރ އުވާލާ އެތަނަށް ބޮޑެތި ބަދަލުތައް ގެނެސް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރަން ޔާމީނު ފެށިއެވެ. ވެރިކަން ނިމުނުއިރު ހިދުމަތް ދެވޭ ފެންވަރަށް އެއްވެސް ކަމެއް ނުނިމި އޮތުމުން މި ސަރުކާރަށް ޖެހުނީ އެކަން ވެސް ކުރާށެވެ. މިހެން ގޮސް ހަމައެއް ލަމައެއް ޕްލޭނެއް އަމާޒެއްނެތި ހާވާފައި ހުރިހާ ހަޑި ސާފު ކުރަމުން އައްޑޫ ސިޓީއަކީ ރަށްވެހި ތަރައްގީގެ ނަމުނާ ސިޓީއަށް ހެދުމަށް މި ސަރުކާރުން ވަނީ އަމާޒު ހިފާފައިގެން ގިނަކަންތައް ތަކެއް ކޮށްފައެވެ. ބަޔަކަށް ނޭނގުނަސް އައްޑޫ ސިޓީގައި ދިރިއުޅޭ މީހުނަށް ކޮން އިރަކު ކުރީ ކީއްކަން ސާފުވާނެއެވެ.

    ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމުގެ ވަރުގަދަ ޕްލޭނެއް ރައީސް ސާލިހުގެ އެބައޮތެވެ. ބޭރު ދުނިޔެއާއި ވައިގެ މަގުން އައްޑޫ ގުޅުވާ ލެވޭނީ ހަމައެކަނި ލަންކާ އިންޑިއާ އަކާ ނޫނެވެ. ޔޫރަޕާއި ދުރު އިރުމައްޗާ އައްޑޫ ގުޅިގެން ދާކަށް މަގިނަ ދުވަހެއް ނެތެވެ. އެންމެ މިޒަމަނުގެ ވައިގެ ބަނދަރަކަށް ގަން އެއަރޕޯޓް ހަދާ އައްޑުއަށް 8000 ޓޫރިސްޓް ބެޑް އިތުރު ވެގެން ދާތަން ލަހެއް ނުވެ ފެންނާނެއެވެ. މުޅި ދެކުނު ސަރަހައްދުގެ މައި ޕޯޓަކަށް ހިތަދޫ ޕޯޓު ތަރައްގީ ކުރެވިގެންދާތަން ދާދި އަވަހަށް އައްޑޫ ރައްޔިތުންނަށް ފެންނާނެއެވެ. އެކަންކަން އެހެރަ ދަނީ ބާރަށް ކުރިއަށެވެ. 

    ބޯހިޔާވަހިކަމުގައި ދެވަނައެއް ނެތް، ދަތުރުފަތުރުން ގުޅި ލާމެހެފައިވާ، ފުރުސަތުތައް ފަހި ކާރޫބާރޫ ބޮޑު އިގްތިސާދީ ހަބަކަށް އައްޑޫ ސިޓީ ހައްދަވާ ދެއްވަނީ ރައީސް ސާލިހެވެ. އައްޑޫ ސިޓީގެ ރައްޔިތުންގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އައްޑޫ ރައްޔިތުން ރައީސް ސާލިހާއެކު ތިބުން ލާޒިމްކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވަނީ އެހެން ވެގެނެވެ. އައްޑޫ ސިޓީ ބާކީކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މުޅި އައްޑޫ ބަދަލުކޮށްލުމަށް އެތައް ބިލިއަން ރުފިޔާއެއް ހަރަދު ކުރަމުން ދާކަން ނިހާދު ފާހަގަ ކުރައްވަނީ ހަގީގަތަށް ބުރަވެ ހުންނަވައެވެ. ނިހާދު ވިދާޅުވާހެން އައްޑޫ ދެކެ ލޯބިވާ ހެޔޮ ރައީސެއް ލިބުމަކީ އައްޑުއަށް ލިބުނު ނިއުމަތެކެވެ. ހަމަތެދެކެވެ. އައްޑޫއަށްޓަކައި ރައީސް ސާލިހާ އެކު މުޅި އައްޑޫ ތިބުމަށް ވުރެ ވަކީން މޮޅު ގޮތެއް މިހާރަކު ނެތެވެ.

    ]]>
    Mon, 26 Dec 2022 12:59:24 +0500 ހީރަސް
    ޔާމީނުގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ދެންވާނީ ކިހިނެތް! https://heerasnews.com/831 https://heerasnews.com/831 ޔާމީނުގެ ރިޔާސީ ހުވަފެން ހަގީގަތަކަށް ދެން ވެދާނެ ކަމާމެދު މާބޮޑު ޔަގީން ކަމެއް މިވީ ގޮތުން މިހާރަކު ނެތެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހެއްގައި ހުންނަން ޖެހޭ ޝަރުތު ތަކެއް ގާނޫނު އަސާސީގައި އޮވެއެވެ. އެ ޝަރުތުތައް ފުރިހަމަ ވުމުގެ ފުރުސަތު ޔާމީނަށް އޮތީ ކިހާވަރަކަށް ކަމާމެދު މިހާރު ވިސްނާލުން ރަނގަޅެވެ.

    ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ ޅ. ބުނާ ގޮތުން ޖިނާއީ ކުށެއް ކުރިކަން ސާބިތު ވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑަ އެޅުނު އަދަބު މާފު ކުރެވުނުތާ ތިން އަހަރު ވާން ޖެހޭނެ އެވެ.

    ގާނޫނު އަސާސީގެ 109 މާއްދައިގެ ޅ. އިން އަރައި ގަތުމަށް ޔާމީނަށް އޮތް ގޮތްގޮތާ މެދު ބަލާލުމުން ފެންނަ ދެތިން ކަމެއް ފާހަގަ ކޮށްލާނަމެވެ. 109 ވަނަ މާއްދާގެ ޅ. އެ ބުނާ ކަންކަން ފުރިހަމަ ވެގެން ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ. ޔާމީނުގެ މައްޗަށް ޖިނާއީ ދެކުށް ސާބިތުވެގެން މިއަދު އަދަބު ކަނޑައަޅައިފިއެވެ. ދެކުށުގެ ތެރެއިން އެންމެ ކުޑަ އަދަބެއް ކަނޑައެޅުނީ ރިޝްވަތު ހިފުމުގެ ކުށަށެވެ. ރިޝްވަތު ހިފުމުގެ ކުށަށް ކަނޑައެޅިފައި އޮތީ 4 އަހަރުގެ ޖަލު ހުކުމެކެވެ. ސާބިތުވި މަނީލޯންޑަރ ކުރުމުގެ ކުށަށް 7 އަހަރުގެ ޖަލު ހުކުމެއް ކަނޑަ އެޅުނެވެ. ކޮންމެ ހުކުމަކީވެސް 12 މަސް ދުވަހަށް ވުރެ ދިގު ހުކުމެކެވެ.

    12 މަސް ދުވަހަށް ވުރެ ދިގު ހުކުމެއް ކުރެވިފައިވާ މީހަކު ހުކުމް ތަންފީޒުކޮށް ނިމޭތާ ތިން އަހަރު ވުމުން ނޫނީ ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެއެވެ. މިއަދު އަދަބު ކަނޑަ އެޅުނު އެންމެ ކުޑަ އަދަބު ހަތަރު އަހަރުގެ ޖަލު ހުކުމަށް ބެލިޔަސް އެ ހުކުން ތަންފީޒު ކޮށް ނިމެނީ 4 އަހަރު ފަހުން 2026 ވަނަ އަހަރުގެ ޑިސެމްބަރ 25 ގައެވެ. އެ ހަތަރު އަހަރުން ހުކުން ތަންފީޒުވެ ނިމުނަސް އިތުރު ތިން އަހަރު ފަހުން 2029 ވަނަ އަހަރުގެ ޑިސެމްބަރ 25 ގެ ފަހުން ނޫނީ ޔާމީނަކަށް ރިޔާސީ އިންތިހާބެއްގައި ވާދައެއް ނުކުރެވޭނެއެވެ.

    ސާބިތުވި މަނީ ލޯންޑަރިންގެ ކުށަށް ކަނޑައެޅި 7 އަހަރުގެ ޖަލު ހުކުން އަދި އޮތީއެވެ. މިއަދު ކަނޑަ އެޅުނު ޖިނާއީ ދެކުށުގެ ޖުމްލަ އަދަބު ތަންފީޒުކޮށް ނިމޭނީ މީގެ އެގާރަ އަހަރު ފަހުން 2033 ވަނަ އަހަރުގެ ޑިސެމްބަރ 25 ގައެވެ. އެ ވަރުން ވެސް ހުކުން ތަންފީޒުކޮށް ނިމޭތާ އެއް އަހަރުވެ 2036 ޑިސެމްބަރު 25 ގެ ފަހުންނޫނީ ރިޔާސީ އިންތިހާބެއްގައި ޔާމީނަކަށް ވާދައެއް ނުކުރެވޭނެއެވެ. ގާނޫނު އަސާސީގެ 109 މާއްދައިގެ ޅ. ބުނަނީ އެހެނެވެ.

    ދެން އޮތްގޮތަކީ މާފު ދިނުމެވެ. މިއަދުން މިއަދަށް ދެކުށުގެ އަދަބު މާފު ކުރިޔަސް 2025 ގެ ޑިސެމްބަރ 25 ގެ ފަހުން ނޫނީ ޔާމީނަށް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރެވޭކަށް ނެތެވެ.

    ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެކަން އެންމެ އަވަހަށް ވެސް ކަށަވަރު ވާނީ ހައިކޯޓުން ދެ ހުކުން ވެސް ބާތިލު ކޮށްލުމުން ދައުލަތުން ސްޕްރީމް ކޯޓަށް ނުދާން ނިންމައިފި ނަމައެވެ. އެހެން ނޫނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެވެންޏާ ކުރެވެން އޮތްހާ ވެސް ގޮތަކީ ސްޕްރީމް ކޯޓުން ދެ މައްސަލައިގެ ހުކުމް ބާތިލު ކުރުމެވެ. ހައިކޯޓްގައި މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން ދަށުކޯޓުގެ ހުކުމް ދަމަހައްޓައިފި ނަމަ ޔާމީނަށް ޖެހޭނީ ސްޕްރީމް ކޯޓަށް ދާށެވެ. ހައިކޯޓުން ދަށު ކޯޓުގެ ހުކުމް ބާތިލުކޮށްފި ނަމަ ދައުލަތުން ސްޕްރީމް ކޯޓަށް ނުދިއުމަށް ވުރެ ދިޔުން ކައިރިއެވެ. 

    2023 ގެ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަކަށް ދިއުމުގެ ފުރުސަތު އޮވެދާނެ ކަމަށް ބަލާ ލަސްވެގެން ޖޫން ޖުލައިގައި ރިޔާސީ އިންތިހާބަށް ކުރިމަތި ލުމަށް އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. އެހާތަނަށް ކޯޓު މަރުހަލާތައް ނިންމާ ހުކުމްތައް ބާތިލުކޮށް ޔާމީނަށް ތާހިރު ވުމަށް އޮތް ހަމަ އެކަނި ފުރުސަތުގެ ބޭނުން ހިފެނީ ކިހާވަރަކަށްތޯ ބަލަން ތިބެމާ ހެއްޔެވެ.

    ]]>
    Sun, 25 Dec 2022 20:29:34 +0500 ހީރަސް
    ޔާމީނު ހައްޔަރު ކުރަން ޖަމީލުވީ ވައުދު ފުއްދައިފި https://heerasnews.com/830 https://heerasnews.com/830

    އެމްއެމްޕީއާރުސީގެ މުލުވަގު މުޖުރިމު ޔާމީނު ރަނގަޅަށް ބޭނިއްޖެއެވެ. ހުކުމް ފެލައިލަން އެގޮތް މި ގޮތަށް ތެޅި ބާލައިގެން ވީކަމެއް ހަރާމުން ހަރާމެވެ. ނަރީޝް ގަނޑަކުން ގަނޑަކުން ގުނި ޑޮލަރުފުނި ފުންޏަކަށް ނުވެ ހެދި ހެކި ހެއްކަށް ނުވެ މުޖރިމު ޔާމީނަށް އުގޫބަތް ހައްގު ވެއްޖެއެވެ. ޔޫސުފް ނައީމް ޖެހިމަޅީގައި ރީއްޗަށް ބެދި ހަފުސް ވެއްޖެއެވެ.

    ދެ އަނގަ ޖަމީލު ރީތި ބަދަލަކުން މުޖުރިމު ޔާމީނަށް ބަދަލު ހިފައިފިއެވެ. ލަވާ ކާން ދީގެން ގެންގޮސް ވަގުބުޅާ ދަންތުރައަށް ރީއްޗަށް މަހާލައިފިއެވެ. މަގުމަތީ ކޯޓު ތަކުގައި ހުކުން ކުރަމުން ކުރަމުން އައިސް ގެއްލުވާލި ނައިބު ރައީސް ކަމުގެ ބަދަލު ވަރަށް ސަޅިކޮށް ޖަމީލު ހިފައިފިއެވެ.

    އަދުރޭގެ ހިސާބު ބޮޑު ތަނުން ގޯސްވެ ރަމަލުން ކަހާލުމުން ހުކުން ހަރާން ވެއްޖެއެވެ. އަދުރޭ ބޭނުންހާ ގޮތަކަށް ނުކުރާ ހުކުމެއް އަދުރޭ އަކަށް ހަލާލެއް ނުވާނެއެވެ. ހޭބުއްދި ސަލާމަތުން ހުރެ ވަގުން ވައްކަން ކޮށްފައި ވައްކަން ކުރީ މަށޭ ބުނީ ކޮން ވަގެއް ހެއްޔެވެ. މިސްކިތު ހުޅު ޖެހިގެން ހުކުން ލީކު ވެގެން ތެޅި ބޭލީވެސް މުލުވަގު ޔާމީނުގެ އައުވާނުންނެވެ.

    މުލުވަގު ޔާމީނަށް އުދަގޫ ގޮތަކަށް ބަޑުހަރުކޮށް ގަލޯހާޖާ ކުރެވުނަސް އެއީ އިންޑިއާ އިން އަންގައިގެން ވީކަމެކެވެ. ކުރި ވައްކަމުން ނުނެއްޓެވި އަންނާނެ ހުކުން އަމިއްލައަށް ވެސް ގަބޫލުކޮށްގެން އިންޑިއާއޭ ސަރުކާރޭ ކިޔައިގެން އަނގަ ދިޔާ ކުރިއަސް ޔާމީނަކީ ވަގެއް ނޫން ކަމަކަށް ގިނަ ދިވެހިން ގަބޫލެއް ނުކުރެއެވެ. އެންމެ ރުހޭ މީހާވެސް ބުނެ އުޅެނީ " ކެޔަސް ހެޔޮތާއޭ ކަންތައް ތަކެއް ކޮށްފިޔޭ" މިހެން ނޫން ހެއްޔެވެ. އެކަމަކު ކެޔަސް ގިނަ މީހުނަށް ހެވެއް ނޫނެވެ.

    މުލުވަގު ޔާމީނަށް ދިގު މުއްދަތަށް ބަންދު ކުރުވާނެ ކަމަށް ދެ އަނގަ ޖަމީލު ވީވައުދު ފުއްދައިފިއެވެ. ރިޝްވަތު ހިފުމާ މަނީ ލޯންޑަރިންގެ ކުށުން މުޖުރިމު ޔާމީނު ކުށްވެރިކޮށްފިއެވެ.

    ]]>
    Sun, 25 Dec 2022 15:52:44 +0500 ހީރަސް
    ދެ އިންޖީނުގެއެއް ރައީސް ހުޅުއްވާ ދެއްވުން https://heerasnews.com/829 https://heerasnews.com/829 ރާއްޖޭގެ ހުރިހާ ރަށެއްގައި އަސާސީ ހިދުމަތްތައް ތަފާތުނުކޮށް ގާއިމުކޮށް ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ފައްޓަވާފައި މަސައްކަތްޕުޅުގެ ދަށުން ގއ ނިލަންދޫ އާއި މާމެންދޫގައި ފެނަކަ ކޯޕަރޭޝަނުން އަލަށް އިމާރާތްކުރި ދެ އިންޖީނުގެ ރަސްމީކޮށް ހުޅުވައްދެއްވީ ހޮދު ރައީސުލްޖުމްހޫރިއްޔާއެވެ.

    ދެރަށުގައި ވަކިން އޮތް ރަސްމިއްޔާތު ތަކެއްގައި މި ދެ އިންޖީނުގެ ހުޅުއްވާދެއްވީ 24 ޑިސެމްބަރ 2020 ގައެވެ. ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވާ ދެއްވި މި ދެ އިންޖީނުގޭގައި ވެސް  އަލަށް އިމާރާތް ކުރެވުނު ޒަމާނީ އޮފީސްތަކާއި އިންޖީނުގެއަށް ބޭނުންވާ ހިދުމަތްދޭނެ އެހެނިހެން ވަސީލަތްތަކާ ތަންތަން ހިމެނެއެވެ.

    ގއ. ނިލަންދޫ އާއި ގއ. މާމެންދޫގައި ކުރިން ހުރި ދެ އިންޖީނުގެއަކީވެސް 22 އަހަރުވެފައިވާ ހަސްނެތް ތަންތަނެވެ. އެ ދެ އިންޖީނުގެ ބަންދުކޮށް އެންމެ މިޒަމާނުގެ އިންޖީނުގެއަކުން ކަރަންތް ދޭންފެށުމަކީ އެ ދެރަށުގެ ތަރައްގީގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

    ގއ. މާމެންދޫ އައު އިންޖީނުގޭގައި 1400 ކިލޯ ވޮޓުގެ ކެޕޭސިޓީގެ އިންޖީނު މިވަގުތު އެބަ ހުއްޓެވެ. އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 600 ކިލޯ ވޮޓުގެ 03 ޖަނަރޭޓަރ ސެޓް އަދި 800 ކިލޯ ވޮޓުގެ 01 ޖެންސެޓް ބެހެއްޓޭގޮތަށެވެ.

    ގއ. ނިލަންދޫގެ އައު އިންޖީނުގޭން 1050 ކިލޯ ވޮޓުގެ ކެޕޭސިޓީގެ މި ވަގުތު ލިބެން ހުރިއިރު، މި އިންޖީނުގެ ޑިޒައިން ކޮށްފައިވަނީ 400 ކިލޯ ވޮޓް ގެ 3 ޖަނަރޭޓަރ ސެޓް ބެހެއްޓޭގޮތަށެވެ.

    ދެ ރަށުގައިވެސް ކުރީން އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް ވިޔަސް އައު އިންޖީނުގެ ބިނާކޮށްފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

    ]]>
    Sun, 25 Dec 2022 01:11:47 +0500 ހީރަސް
    ޝަހީމް ޒުވާނުންނަށް ގޮވާލަނީ ދެކޮޅުވެރިކަމާ ޓެރެރިޒަމަށް؟ https://heerasnews.com/828 https://heerasnews.com/828 އީސްޓަރސަންޑޭގައި މުޅި ލަންކާގައި ބޮންގޮއްވާ މީހުން މެރި މީހުން ތިބި ގޮތަށް 23 އިއްތިހާދުގައި ލޮނުޒިޔާރަތް ކޮޅަށް އެއްކުރުވި މީހުން ވެސް އެއް އިނގިލި ދިއްކޮށްގެން ދީނުގެ ނަމުގަައި މޮޔަހެއްދި ވެބޫ ހުއްތު އަނެއްކާ ތިޔަ ގޮވަނީ މީސް މީހުންނާ ދެކޮޅަށް ނުކުންނާށެވެ.

    ޝަހީމް ބުނެބަލާށެވެ. ނުކުންނަންވީ ޒުވާނުންނޭ ތިޔަ ބުނަނީ އެއީ އެހެން ބަޔަކަށް ކޯޑެއް އަޅަނީ ހެއްޔެވެ! ތިޔަ ގޮތަށް ރުޅިވެރި ކަމާއި ނަފްރަތުން މުޖުތަމައު ހަލާކު ކުރަން ނުކުމެ ތިޔަ ހުރީ ގޮތްނޭގޭ އެތައް މިލިއަން ރުފިޔާއެއް އެކައުންޓަށް އަޅައިގެން އެކަމުގައި އަދު ނޫން މާދަން ވެފައިހުރި މީހެއްގެ ފަހަތުގައެވެ. ތިޔައީ އިސްލާމް ދީން ކަމަށް ވަންޏާ އައޫޒު ކިޔާ ފުމެލުމަށް ފަހު ޝަހީމާ  ދުރަށް ދުވާ މުސްލިމުން ފިސާރި ގިނަވާނެއެވެ.

    ގަސްކަނޑަން އެންމެ ފަސޭހަ ވާނީ ގަސްވެރިޔާ ލައްވައެވެ. އެގޮތަށް އިސްލާމް ދީނާ މެދު ޒުވާނުން ފޫހިކޮށް ދުރުކުރުވާނެ ފަސޭހަ މޮޅު އުކުޅުތައް ހުންނާނެއވެ.

    ހިތުހުރި މީހަކު ޖަލަށްލާ އަނިޔާވެރިވެ މުޅި ގައުމުގައި ބިރުވެރިކަން ފެތުރި، މީހުން ގެއްލި، ބޯބުރިކޮށް، ކަނޑު ފައްތާ، މަޖިލިސް ތަޅުމަށް ސިފައިން ވައްދާ، ފަނޑިޔާރުން ބަނޑު ބިންމަތީ ޖެއްސި މީހަކު ޝަހީމް ދަންނަން ހެއްޔެވެ. ނުވިތާކަށް ތިޖޫރީ ކަހާލާ، އެކައުންޓް ފުރާލާ އެއިން ސަލާމަތް ނުވެގެން އުޅޭ މީހަކާ ބޮޑު ވައްކަމެއްގެ ވާހަަކަ އަޑު އެހިން ހެއްޔެވެ؟

    އިސްލާމް ދީނާ އެ ދީނުގެ މާތްކަމާ މަތިވެރިކަމާ އިލްމުވެރިކަން އޮތީ އެފަދަ ބޮޑެތި ވައްކަމާ ހިޔާނާތުގެ ފަހަތުގައި ކަން ތިޔަހާ ފާޅުކަން ބޮޑުކޮށް ތިޔަ ދައްކަނީ ދީނީ  އިލްމުވެރިއެއް ވީމާ ހެއްޔެވެ. އެހެން ވިއްޔާ ތިޔައީ ގަސްވެރިޔާއެވެ. ގަސްވެރިޔާ ލައްވާ ގަސްކަނޑަން ފަސޭހަ ވާނެއެވެ. ޝަހީމްމެންގެ ދީންވެރިކަން ތިޔަ އޮންނަނީ އަނބުރާ ހޭރިޔާކޮށްފައި ސުވަރުގެ ދާން ޝޭހު އާދަން ސައީދުގެ ގިފިލި ބެލުމާ އެއްގޮތަށެވެ.

    އެއްކޮޅުން މީހަކު އެހުރެގެން ގޮވާ ނަގަނީ އެމްބަސީއެއްގައި ހުޅުޖަހާށެވެ. ޝަހީމް ޒުވާނުނަށް ތިޔަ ގޮވާލަނީ ނަފުރަތާ ދެކޮޅުވެރިކަމުގައި ނިކުމެ ހުޅުޖަހާ ބޮންގޮއްވާ ޓެރެރިޒަމްގެ ހާއްޔަކަށް މިތަން ހަދަންހެއްޔެވެ.

    ]]>
    Sat, 24 Dec 2022 16:45:49 +0500 ހީރަސް
    ޓޮމް ފޮނުއަރުވަނީ ހައްޔަރު ކުރަން ބޭނުން ވާލެއް ބޮޑުކަމުން https://heerasnews.com/827 https://heerasnews.com/827 ޔާމީނަށް ޖަލުހުކުމް ހައްގު ކަމަށް ޕީޕީއެމް-ޕީއެންސީގެ އިސް މީހުން ކަނޑައަޅައިފިއެވެ. ހޮދު ޔާމީނު ވެސް އޭނާއަށް ކުށުން ބަރީއަ ނުވެވުނު ކަމަށް ނިންމައިފިއެވެ. މޯދީ ބޭނުމިއްޔާ ޖަލަށްލާނެ ކަމަށް ބުނެ އަމިއްލައަށް ޖަލު ހުކުމް ހައްގު ކަމަށް ރޭގައި އެންޑޯސް ކޮށްފިއެވެ.

    ޔާމީނު ޖަލަށްލާން ޖެހޭ ކަމަށް އެންމެ ބޮޑަށް ގަބޫލު ކުރާ އެކަކީ މަހިބަދޫ ދައިރާގެ މެންބަރު އަހުމަދު ތާރިގު (ޓޮމް) އެވެ. ތާރިގު ދެކޭ ގޮތުގައި ޔާމީން މައްޗަށް ޖަލު ހުކުމެއް އަޔަސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނު ވާދަ ކުރާނެއެވެ. ކިތަންމެ މުއްދަތު ދިގު ޖަލު ހުކުމެއް ޔާމީނަށް އަޔަސް ޕީޕީއެމްގެ ރިޔާސީ ޓިކެޓުގައި އިންތިހާބުގައި ވާދަ ކުރުމަށް އެއްވެސް ހުރަހެއް ޔާމީނަށް އޮތް ކަމަކަށް ޓޮމް ނުދެކެއެވެ. ސުޕްރީމް ކޯޓުގައި ހުކުމަށް ނިހާއީ ސިފަ ނުލިބޭ ހިނދެއްގައި ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ކުރެވޭނެ ކަމަށް ބުނެ ބަޔާން ނެރެނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. 

    ރަންކޮޅާ ޓޮމާއެވެ. އިހުލާސްތެރި ކަމެއް ހުރެގެން ތިޔަ ދައްކާ ވާހަކައެއް ދައްކާ ނަމަ އަދި ތިޔަ އުޅެވެނީ ހުވަފެނެއްގައެވެ. މެރެޑޯނާ އަތުން ޖެހި ގޯލަކުން ވޯލްޑްކަޕް ހޯދިހެން ސްޕްރީމް ކޯޓުން ދެ އަކުރުގެ އަރާރުމަކުން ޔާމީނަށް މައްސަލަ އަކުން ބޯ ދަމައިގަނެވުނަސް ހުރިހާ މައްސަލައެއްގައި އެހެން ވާނެ ކަމަށް ހީވަނީ ހެއްޔެވެ. ތިޔައީވެސް ގޮތެކެވެ. ވ. އާރަށު މައްސަލާގައި ޔާމީނަށް ސަލާމަތް ނުވެވޭނެކަން ތިޔަ ގަބޫލު ކުރަނީ މާއަވަހަށެވެ. އަދި ހުކުމް ކުރީއެއްވެސް ނޫނެވެ.

    ޕީޕީއެމް ރިޔާސީ ޓިކެޓަކީ ޔާމީނު ވައްކަން ނުކުރާ ކަމަށް އޮތް ހުއްޖަތެއް ނޫނެވެ. ރިޝްވަތާއި މަނީލޯންޑަރިންގ ގެ ކުށް ޔާމީނަށް ސާބިތު ވެއްޖެނަމަ ރިޔާސީ ޓިކެޓް ޖެހޭނީ އޮޅާލާށެވެ. ރާއްޖޭގެ ގާނޫނު އަސާސީގައި ވަގުންނަށް ރައީސްކަމަށް ވާދަ ކުރާކަށް ޖާގައެއް ނޯވެއެވެ.

    ޔާމީނަށް ޖަލު ހުކުމް ނައިސްގެން ޓޮމްމެން ތިޔަ އުޅެނީ ހާދަ ވަރަކަށެވެ. ޔާމީނު ސަލާމަތުން ހުރުމުން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ނުލިބިގެން ތިޔަ އުޅެނީ ކާކަށް ހެއްޔެވެ. މުއިއްޒާއި ޝަހީމާއި ވަހީދާއި ޖަމީލުވެސް އެތިބެނީ ދަނޑިވަޅު ބަލަބަލާ ވިއްޔާއެވެ. ޔާމީނު ޖަލަށް ލިޔަސް ޓިކެޓާ ނުހިފަން ވަސިއްޔަތް ކުރި އަޑު އަހައިގެން ނިހާއީ ހުކުމޭ ސްޕްރީމް ކޯޓޭ ނުކިޔާ ޔާމީނަށް ވާގޮތެއް ބަލަން ތިބެބަލާށެވެ.

    ޔާމީނަށް ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ތިޔައިން އެކަކުވެސް ޔާމީނު ސަލާމަތް ކުރަން އެއްކަމެއް ކުރާނީއެއް ނޫނެވެ. ނޫސްބަޔާން ނެރެ ފޮނު އަރުވަނީ ޔާމީނު ހައްޔަރު ކުރަން ބޭނުން ވާލެއް ބޮޑުކަމުންނެވެ.

    ]]>
    Sat, 24 Dec 2022 12:59:57 +0500 ހީރަސް
    ޔާމީނަށް ބޮޑު ހިޔާނާތުން ޒައްރެއް ވެސް ނުލިބޭ! https://heerasnews.com/826 https://heerasnews.com/826 އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުވައިގެން ރައީސް ސާލިހަށް ނިސްބަތްކޮށް ހިތުން މޮޅު ވާހަކައެއް ޔާމީނު ބުނެފިއެވެ. އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ރައީސް ސާލިހު ހުންނެވިއިރު އެ ފައިސާ ރައީސް ސާލިހަށް ލިބި ވަޑައި ނުގެން އޮވެ ދާނެކަމަށް ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލު ނުކުރާނެ ކަމަށް ޔާމީނު ބުނީމާ އަންނަނީ ހިންޏެވެ.

    ވެރިކަމުގައި އޭރު އޮތީ ޕީޕީއެމެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ޔާމީނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިނގާފައި އޮތީ ޔާމީނުގެ އާރާބާރުގައި ޔާމީނުގެ ވެރިކަމުގައެވެ. އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރަށް އެ ހިޔާނާތުން ބައެއް ލިބުނު ކަމަށް ގަބޫލު ކުރަންޏާ  އެ ބޮޑު ހިޔާނާތުން ރައީސް ޔާމީނަށް ބައިނާޅާނެ ކަމަށް ސަލާމަތް ބުއްދި ހުރި މީހަކަށް ގަބޫލު ނުކުރެވެންވީ ގޮތެއް ކިޔާދީ ބަލާށެވެ.

    ޔަގީނުން ވެސް އެނގޭ ކަމަކީ އޭރު ވެރިކަމުގައި އޮތީ އެމްޑީޕީ ނޫން ކަމެވެ. އެމްއެމްޕީއާރުސީ ކީއްކުރަން ހެއްޔެވެ. އެހެން ތަނެއްގެ ވެސް އެއްވެސް ބާރުވެރިކަމެއް އޭރަކު އެމްޑީޕީއަކަށް ނެތެވެ. ހޮދު ރައްޔިތުންގެ މަޖިލިސް ވެސް އޮތީ ޔާމީނުގެ މުށު ތެރޭގައެވެ. މުޅި މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބެން ޖެހޭ ކަމެއްގައި ނޫނީ ޔާމީނަށް މަޖިލިސް ތެރެއިން މަސީހު ލައްވާ ނުކުރުވޭ ކަމެއް ނޯވެއެވެ. އެހެން ކަމުން އެމްޑީޕީ ޕީޖީ ލީޑަރ އޭރު ޔާމީނުމެނަށް މުހިންމެއް ނުވާނެއެވެ. އެހެން ކަމުން އެމްއެމްޕީއާރުސީ ހިޔާނާތުން އެމްޑީޕީ ޕީޖީ ލީޑަރަށް ބައި އަޅަން ޖެހޭ ސަބަބެއް އޮންނަން ޖެހޭ ކަމަކަށް ސަލާމަތް ބުއްދި ގަބޫލެއް ނުކުރެވެއެވެ.

    އެހެން ނޫނަސް ޔާމީނު ބުނާ ގޮތުން އޭނާގެ ވެރިކަމުގައި އެއްވެސް ހިޔާނާތެއް ވެފައި އޮތީ އެއްނޫނެވެ. ރަށްރަށާއި ފަޅުތަކާއި ފަރުތަކާއި ގިރިތައް ޓޫރިޒަމްގެ ބޭނުމަށް ދޫކުރީ ކޮރަޕްޝަނެއް ފަސާދައެއް ނެތި ނުލާހިކު އިންސާފުންނެވެ. ޔާމީނުގެ ނައިބަކަށް ހުރި ޖަމީލު ވަކިކޮށް އެ މަގާމަށް އަދީބު ގެނައުމުގައި ޔާމީނުގެ އެއްވެސް ދައުރެއް ނެތެވެ. އަމްދުން ހިޔާނަތެއްގެ ޒައްރެއް ވެސް އެކަމުގައި އޮތީއެއް ނޫނެވެ. ވެރިކަމުގެ އާރަބަރުގައި ހުއްޓާ ދައުލަތުން ބަޔަކު ބިލިޔަން ބިލިޔަނުން ހިޔާނާތްތެރި ވީކަން ޔާމީނަށް ނޭގެއެވެ. ހިޔާނަތުގެ ސެންޓެއްގެ މިންވަރު ވެސް ޔާމީނަށް ނުލިބެއެވެ. އެކަމަކު އިދިކޮޅު ޕީޖީ ލީޑަރަށް އެ ހިޔާނާތުގެ ފައިސާ ލިބުނު މީހުން އެގޭނެކަން ރައީސް ޔާމީނަށް އެނގެއެވެ. އެހެންކަމުން މުޅި ހިޔާނާތަކީ އަލިފުން ޔާއަށް ޔާމީނު ހިންގިކަމެއް ކަމާމެދު ޝައްކު ކުރާނެ ޖާގައެއް ނެތެވެ.

    މަހަކު ދެ ލައްކައެއްހާ ރުފިޔާ މުސާރަޔާއި އިނާޔަތަށް ނުލިބޭ ރައީސުލްޖުމްހޫރިއްޔާ ކަމެއްގައި ހުރި ޔާމީނުގެ އަމިއްލަ އެކައުންޓަށް މިލިއަނުން ޑޮލަރު ވަދެ ނިކުތުމަކީ މާބޮޑު ކަމަކަށް ހަދައިގެން އުޅޭ ވަރު ކަމެއް ހެއްޔެވެ. ހަމަގައިމު ވެސް އިދިކޮޅު އެމްޑީޕީ ޕީޖީ ލީޑަރަށް އެމްއެމްޕީއާރުސީ ހިޔާނާތުން ބައި އެޅުނު ކަމަށް ގަބޫލުކޮށް އޭރުގެ ރައީސް ޔާމީނަށް ބޮޑު ހިޔާނާތުން ޒައްރެއް ވެސް ނުލިބޭނެ ކަމަށް ގަބޫލު ކުރާނީ ވާތު ސިކުނޑިއަކުން އެކަންޏެވެ.

    ]]>
    Sat, 24 Dec 2022 11:52:41 +0500 ހީރަސް
    ޔާމީނަށް ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާނެ! https://heerasnews.com/825 https://heerasnews.com/825

    ޝަރީއަތައް ނުފޫޒު ފޯރުވުމާއި ބިރު ދެއްކުމުގައި ޔާމީނު ވަނީ ހަޔާތް ކެޑިފައެވެ. ނޫސްވެރިކަމުގެ މިނިވަން ކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކޯޓު ތަކުގެ ހުރުމަތް ކަނޑާލުމަށް ޔާމީނު ނުކުރުވާ ކަމެއްނެތެވެ. މަސްދަރު ހާމަ ނުކުރުމުގެ ހައްގުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައިގެން ކޯޓު ތަކުގެ މުއައްޒަފުންނާއި ފަނޑިޔާރުންގެ މެދުގައި އިތުބާރު ކަނޑުވާލަން މަސައްކަތް ކުރާ ކުރުން އިންތިހާއަށް ބޮޑު ވެއްޖެއެވެ.

    އަންނަ އާދީއްތަ ދުވަހު އޮންނަ ޔާމީނުގެ ޝަރީއަތުގެ ހުކުމް ރައީސް އޮފީހުން ގާޒީއަށް ފޮނުވި ކަމަށް ބުނެ ހަގީގަތެއް ނެތް ދޮގު ވާހަކައެއް ފެތުރުމުގެ ބޭނުން އޮޅިފައެއް ނެތެވެ. އެހެން އެ ވާހަކަ ފެތުރުމުން ޔާމީނުގެ މައްޗަށް ކުށެއް ޝަރީއަތަށް ސާބިތުވެ އުގޫބާތެއް ލިބޭ ގޮތަށް އޮތް ނަމަ ގާޒީ ގަންނާ ކުރައްވާ ބިރުން ޔާމީނުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާނެ ކަމަށް ހީކުރެވެނީ ތާއެވެ.

    ކުރިޔާލާ ދޮގު ވާހަކައެއް ފަތުރާލައިގެން ޝަރީއަތުން ކުރާ ހުކުމާ މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދާ ކޯޓުތަކުގެ އިތުބަރާއި ހުރުމަތް ކަނޑާލުމަކީ އެފާޑުގެ ވާހަކަ މާސްމީޑިއަ މެދުވެރިކޮށް ފަތުރާ ސަބަބެވެ.

    ފަނޑިޔާރަކު ބައްލަވަމުން ގެންދަވާ މައްސަލައެއް ދިރާސާ ކުރުމުގައި އެ ކޯޓުގެ އެހެން ފަޑިޔާރަކު ލައްވާ މައްސަލަ ދިރާސާކޮށް ހުކުމް ލިއުއްވި ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ކޯޓުގެ އޮފިޝަލަކާ ހަވާލާދީ ފިތުނަވެރި ވާހަކަ ތަކެއް ފަތުރައިގެން ކުށުން ބަރީއަ ވުމަށް ކޯޓްތަކާއި ފަނޑިޔާރުންގެ ކަރާމާތް ގެއްލުވާލުމަކީ އަޅާ ނުލާ ތިބޭވަރުގެ ކަމެއް ނޫނެވެ.

    ޒިންމާދާރު ނޫސްވެރިކަމުގައި އިންވެސްޓިގޭޓެޑް ޖާނަލިޒަމަކީ ބުންޏޯ ބުންޏޯ ވާހަކައެއް ނޫނެވެ. ސާބިތު ހިފޭ ވަރުގެ ހެއްކާ ގަރީނާ ނެތި ފަނޑިޔާރުންނާ ފަނޑިޔާރު ގޭގެ ހުރުމަތް ކަޑާލުމަކީ ގާނޫނު އަސާސީ ކަނޑައެޅިގެން މަނާކުރާ ކަމެކެވެ. ލިބިދޭ ކޮންމެ ހައްގަކީ ޒިންމާ ތަކަކާ އެކު ލިބޭ އެއްޗެކެވެ. ފަނޑިޔާރަކު ބޭއިންސާފުން ހުކުމެއް ނުކުރަނީސް ކޮށްފާނެ ކަމަށް ދައްކަން ފިތުނަ ވެރި ވާހަކަ ލިޔެ މުޖުތަމައުގައި ބިރުވެރިކަން އުފެއްދުމަކީ ޓެރެރިޒަމަށް ކޮށާ މަގެކެވެ. ފަނޑިޔާރުގެއިން ކުރާ ހުކުމަކާ މެދު ނުތަނަވަސް ކަމެއް އޮތް ނަމަ އެ ކަމެއް ބެލުމަށް މަތީ މަރުހަލާގެ ކޯޓުތައް ހުންނާނެއެވެ.

    ސިޔާސީ ބޭނުމުގައި ކޯޓުތަކުގެ ހުރުމަތް ކަނޑަނީ ކޮންމެ ބަޔަކު ކަމުގައި ވިޔަސް އެ ބަޔެއްގެ މައްޗަށް ގާނޫނީ ބާރު ނުހިންގާ ދޫކޮށްލުމުން ބޮއްސުންލަނީ ގައުމުގެ އަމާން ކަމެވެ. ކުށުން ބަރީއަ ވުމަށް ޔާމީނު ކަހަލަ "ޖީވަން" ހެދިގެން އުޅޭ ސިޔާސީ މީހުންގެ މައްޗަށް އަދުލު އިންސާފުގެ މުގުރުގެ ބާރު ވެރިކަން ނުހިންގާ ކޮންމެ ކަމެއް ސިޔާސީ ކަމަކަށް ހަދާ އަޅާނުލުމުގެ ނަތީޖާއަކީ މުޅި ޝަރުއީ ނިޒާމް ގަޑުބަޑުވެ އިތުބާރު ގެއްލުމެވެ. ސިޔާސީ ޖާސޫސުންގެ އައްޑާ އަކަށް ކޯޓުތައް ބަދަލުވުމެވެ.

    ]]>
    Fri, 23 Dec 2022 18:21:44 +0500 ހީރަސް
    ފެލާލައިގެން ހުރެ ފެލާހިތުން ނުނިދިގެން ފެލުން https://heerasnews.com/824 https://heerasnews.com/824

    ފެލައިލަންގެ ވެރިކަމުން ފައްސާ ނަގާލި ބައިގަނޑު ފެލައިލާ ވާހަކަ ދައްކާނީ ގޮތެއް ފޮތެއް ނެތިގެންނެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔަނާތް ހިންގި ހިޔާނާތްތެރިން އަނގަ ދިޔާ ކޮށްފައި އެމްއެމްޕީއާރު ސީގެ ހިޔާނާތޭ ކިޔަން ލަދެއް ހަޔާތެއް ނެތެވެ. އޮތީއްޔާ އޮތް ފަޅުރަށަކާ ފަޅަކާ ގިރިއަކަށް ދަންދެން ފެލާލީ ކޮންބައެއްކަން ރައްޔިތުންނަށް އެނގެއެވެ.

    ދޮންކެޔޮ ދަޅިއަކުން ދިޔަ ފެލައިލާހެން ގައުމު ފެލައިލީ 2013 އިން 2018 އަށް ވެރިކަމުގައި ހުރި ޔާމީނު ނޫން ދެވަނަ މީހެއް ނޫނެވެ. ގައުމު ފެލައިލައިގެން މީހަކަށް އުގޫބާތް ދެންޏާ ފުރަތަމަ ދޭންޖެހޭ މީހަކީ ޔާމީނެވެ. ޔާމީނު ފެލައިލި ފެލައިލުން އަދީބާއި ޒިޔަތުގެ ބޮލަށް ކަނޑާލައިގެން ޔާމީނަކަށް ބޯދަމައެއް ނުގަނެވޭނެއެވެ. ދޫމަޅި ގާނޫނުލް އުގޫބާތެއްގެ ތެރެއިން ދެ އަކުރުގެ އޮޅުމަކުން ކޮންމެ ފަހަރަކު ޔާމީނަށް މިންޖެއް ނުވެވޭނެއެވެ. ބުރިޖާއި ދަރުމަވަންތަ ހިސްޕިޓަލާއި ހިޔާފުލެޓު ދައްކައިގެން ދައުލަތް ފެލާ ނުލާ ކަމަކަށް ޔާމީނަކަށް ނުވެވޭނެއެވެ.

    ޔާމީނުގެ އައުވާނުން ނެގިނެގިފައި ޖެހުނަސް ޔާމީނަކީ ވަގެއް ކަމަށް މީހުން ގަބޫލު ކުރާ ކުރުމަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެމްއެމް ޕީއަރުސީގެ ހިޔާނާތުގެ މުލުވަގަކީ ޔާމީނު ކަމަށް ދެކޭ ދުށުން ބަދަލު ކުރަން ކިތަންމެ ބާރަށް ފެލައިލައިފިއޭ ގޮވިޔަސް ފެލައިލީ ޔާމީނު ނޫން ކަމަކަށް ނުވާނެއެވެ.

    އެމްއެމްޕީއާރުސީގެ ހިޔާނާތުން މަޖިލިސް މެންބަރުން ތަކަކަށް ރިޝްވަތު ދިން ވާހަކަ އަޑު ގަދަކޮށް ދައްކާ އެމްޑީޕީއަށް އެ ހިޔާނާތް ފޫޅު ކަނޑާލަން ލައްކަ ފޯރި އެބަހުއްޓެވެ. މަޖިލިސް މެންބަރުން ތަކަކަށް ރިޝްވަތު ހިފޭނީ ރިޝްވަތު ދިން ބަޔަކު ތިބެގެންނެވެ. އެ ރިޝްވަތެއް ދިނިއްޔާ ދިނީ ޔާމީނުގެ ވެރިކަމުގައި ޔާމީނުގެ ބޭނުމަށެވެ. ޔާމީނެވެ. 

    ސްޕްރީމްކޯޓުގެ ބެންޗް ކުޑަ ކުރުން ކަމަށް ވިޔަސް، އަދީބު ނައިބު ރައީސް ކަމަށް ގެންނަން ކަމަށް ވިޔަސް، ފ. އަތޮޅު ވިއްކާލަން ކަމަށް ވިޔަސް ރިޝްވަތު ދިނީ ޔާމީނުގެ ބޭނުމަށް ޔާމީނެވެ. ރިޝްވަތުގެ ފައިސާ ރައްދުކޮށް ދިން މީހަކީ އަދީބަށް ނޫނީ އެހެން މީހަކަށް ވެދާނެއެވެ. އެހެނެއް ކަމަކު ރިޝްވަތެއް ދިނިއްޔާ ދިން އަސްލު މީހަކީ ޔާމީނެވެ. ރިޝްވަތު ދީގެން ލިބުނު މޮޅެއް ލިބުނީ ޔާމީނަށެވެ.

    އެފައިސާ މިފައިސާ އެތާހުރި މަގޭ ފައިސާއޭ ނޫނީ ޔާމީނަށް ނުކިޔެނީ އެހެން ވެގެނެވެ. އަދީބު ގެންގޮސްދޭ ފައިސާ މަދުވެ ބޮޑާ ހަދާ ފުއްވީ ވެސް ޔާމީނެވެ. ވޮޑަމުލާއިން އާރަށުން ފުށްގިރީ ޔާމީނެވެ. އަދިވެސް ހައްސަ ވައްކަމެވެ. އެސްއޯއެފޭ އެސްކްރޯއެކައުންޓޭ ފާސިގު ހެކިބަހޭ ޑޮލަރު ގަތުމޭ ކިޔައިގެން އުޅުނަސް ފެލައިލިކަން ނޭނގޭ މީހަކު ނޫޅެއެވެ. އަދީބު ލައްވާ ކުރުވިޔަސް ޒިޔަތު ލައްވާ ކުރުވިޔަސް އެއިން ކޮންމެ ކަމެއްގެ އާހިރު މަންފާ ލިބުނީ ޔާމީނަށް ކަމާއި މެދަކު ޝައްކެއް ނެތެވެ. ހަމަ ތެދެކެވެ. ޔާމީނެއް ކަމަކު ފެލާލައިގެން ހުރެ ފެލާހިތުން ނުނިދިގެން ފެލުމަކީ ބައްޔެކެވެ.

    ]]>
    Fri, 23 Dec 2022 16:44:55 +0500 ހީރަސް
    މުއިއްޒު ސަރުކާރު: ޖެހޭނީ އުނބަށް ޖަހަން https://heerasnews.com/823 https://heerasnews.com/823

    ކިރިޔާވެސް ކަމެއް ލިބުމުން މީސް މީހުނަށް މިތިބަ ވާގޮތެކެވެ. މާލޭ ސިޓީ ކައުންސިލުގެ މޭޔަރ މުއިއްޒަށް ހީވެގެން މި އުޅެނީ ގާނޫނަކާ ނުލާ ރާއްޖޭގެ ވެރިކަން ލިބިގެން އުޅޭހެނެވެ. އާއްމު އަސާސީ ހައްގަށް ހުރަސް އަޅަން މާލޭސިޓީ ކައުންސިލަކީ ކޮންތަނެއް ހެއްޔެވެ. ގާނޫނަކުން މަނާ ނުކުރާ ކަމެއް ސިޓީކައުންސިލްގެ އިއުލާނަކުން މަނައެއް ނުކުރެވޭނެއެވެ.

    މާލޭގައި އިސްތިހާރު ކުރުމާއި ކެމްޕޭން ކުރުމަށް މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަން ލާޒިމުކޮށް އިއުލާނެއް ކުރުމަކީ މުއިއްޒު ކުރި ގައިރު ގާނޫނީ ކަމެކެވެ. ހުއްދަ ނަގަން ޖެހޭ ކަންކަން ގެޒެޓް ކުރެވިފައިވާ ގާނޫނުތަކާއި ގަވާއިދު ތަކުގައި ހުންނާނެއެވެ. އެނޫން ގޮތަކަށް ކަންކަން ފިއްތާ އޮބި އަޅައިގެން ހައްގުތައް ނަގާލަން ނުހަދާށެވެ.

    ކެންޕޭނު ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގެކެވެ. އާއްމު ތަންތާ ޕޯސްޓަރު ބެހެއްޓުމާއި މަގުފާރުގައި އިސްތިހާރު ހަރު ކުރުމަކާ މާލޭ ސިޓީއަކާ ކޮން ވާކަމެއް ހެއްޔެވެ. ކޮންމެ ބަޔަކުވެސް ބިލްބޯޑު ތަކާއި ޕޯސްޓަރތައް ބަހައްޓާ ހަރުކޮށް ހަދަނީ އެ އެއްޗެއް ބަހައްޓާ ނުވަތަ ހަރުކުރާ ތަނެއްގެ ވެރި ފަރާތުގެ ހުއްދަ ލިބިގެންނެވެ. މާލޭގެ މަގުމަތީ ފަރުތަކާއި އިމާރާތް ތަކުގައި ޕޯސްޓަރާއި އިސްތިހާރާއި އެ ނޫން ވެސް މެސެޖުތައް ބެހެއްޓުމަށް ހުއްދަ ހޯދަން ޖެހޭނީ އެ ބަހައްޓާ ތަނެއްގެ ވެރި ފަރާތުންނެވެ. ނޫންނަމަ އެ ތަނެއްގެ ޒިންމާ އޮތް ފަރާތަކުންނެވެ. މާލެ ސިޓީ ކައުންސިލުން ހުއްދަ ނަގަން ޖެހޭނީ މާލޭ ސިޓީ ކައުންސިލްގެ އިމާރަތްތަކާއި ބިންތަކުގައި ޕޯސްޓަރެއް ނުވަތަ ބިލްބޯޑެއް ފަދަ އެއްޗެއް ބަހައްޓަން ޖެހޭނަމައެވެ. މާލެއަށް ނަން ކިއްޔާ ކިޔާހާ ތަނެއްގައި ކުރާހާ ކަމަކާ މުއިއްޒަކާ ބެހޭ ކަމެއް ނޫނެވެ. މާލެއަކީ މުއިއްޒުގެ މިލްކެއް ނޫނެވެ.

    މިހާވަރުން ދަންޏާ މާލޭގެ މަގުމަތީގައި ވަކި އަދަދަކަށް ވުރެ އިތުރަށް ފިޔަވަޅު އަޅައިފިއްޔާ ޖުރުމަނާކޮށް ސިޓީ ކައުންސިލަށް ފައިސާ ނަގަން ފަށާފާނެއެވެ. މުއިއްޒު އަތުން ހުއްދަ ނުނަގާ ހަރުކޮށްފައި ހުންނަ ޕޯސްޓަރަކަށް ބަލައިލިޔަސް ޖުރުމަނާ ކުރާނެއެވެ. މިވަރު މަވެތި ބަޔަކަށް ހެޔޮވަރު ވަރަކަށް ބާރުތައް ނުދީ އޮންނަކަން ނަސީބެވެ.

    މަގުމަގާއި އިޖުތިމާއީ ސަރަހައްދުތަކާ ގުޅޭ ކަންކަމުގައި މާލޭ ސިޓީ ކައުންސިލްގެ އަމިއްލަ އުސޫލެއް މާލެއަކަށް ނުހިންގޭނެއެވެ. ސިޓީ ކައުންސިލަކީ ފެޑަރަލް ސަރުކާރެއް ނޫނެވެ. ހާއްސަ ހާލަތްތަކުގައި ނޫނީ މުޅިރާއްޖޭގެ ހުރިހާ ތާކަށް ހިނގާނީ އެއް އުސޫލެވެ.

    އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް މުއިއްޒު ތިޔަ ހަދަން އުޅޭ އެއްޗެއް ނުހެދޭނެއެވެ. މުއިއްޒަށް ޖެހޭނީ އުނބަށް ޖަހާށެވެ.

    ]]>
    Thu, 22 Dec 2022 17:30:31 +0500 ހީރަސް
    ދިވެހި ފުޓްބޯޅަ ކުރިއަރާނީ ބޭރުން ފުރުސަތު ހޯދަދީގެން https://heerasnews.com/822 https://heerasnews.com/822

    ޒުވާން އުމުރުގައި ރާއްޖޭގެ ކުޅުންތެރިންނަށް ގައުމުން ބޭރުގައި ތަޖުރިބާތަކެއް ކުރެވިގެން ނޫނީ ރާއްޖޭގެ ފުޅުބޯޅަ ކުރިއަރާނެ ކަމަކަށް މަރުޒޫގް ދެކިވަޑައެއް ނުގަންނަވައެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގް (މަރޭ) ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގައި ތިބި ފުޓްބޯޅަ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ތަމްރީން ލިބިފައެއްް ނުވެއެވެ.

    އުމުރުން 16 އަހަރާއި 20 އަހަރަ ދެމެދުގެ ކުޅުންތެރިންނަށް ރާއްޖޭ ބޭރުން ކުޅުމުގެ ފުރުސަތު ހޯދާ ދެވިއްޖެ ނަމަ އެކަމުގެ ރަނގަޅު އަސަރު ދިވެހި ފުޓްބޯޅައަށް ކުރާނެ ކަމަށް ވެއެވެ. ކުރި އަރަމުން ދާ ގައުމު ތަކުން ވެސް ބޭރު ގައުމު ތަކަށް ކުޅުންތެރިން ފޮނުވައިގެން އޭގެ ފައިދާ ކުރާ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވަމުން މަރޭ ވިދާޅުވީ އެކަން ފާހަގަ ކުރަނީ ރާއްޖޭގައި ތިބި ކޯޗުންގެ ފެންވަރު ދައްވެގެން ނޫން ކަމަށެވެ.

    ކުޅުންތެރިންނަށް އެކަށީގެންވާ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް މަރޭ ވިދާޅުވެއެވެ. ރާއްޖޭގައި އާމުކޮށް ކުޅުންތެރިން ކޯޗުންނާއި އެކު ހޭދަ ކުރަނީ ދެ ގަޑިއެއްހާ އިރު ކަމަށާއި ރާއްޖޭގެ ކުޅުންތެރިންނަށް އުމުރާ ބަލާއިރު އެކަށީގެންވާ ވަސީލަތާއި މާހައުލެއް ނެތް ކަމަށް މަރޭ ފާހަގަ ކުރައްވައެވެ.

    ރާއްޖޭން ބޭރުން ކުޅުންތެރިންނަށް ފުރުސަތު ހޯދާ ދިނުމަކީ ހަރަދާ ފައިސާގެ ގޮތުން ބަލާއިރު މާ އަގުބޮޑު ކަމެއް ކަމަކަށް މަރޭ ދެކެވަޑައެއް ނުގަންނަވައެވެ. ދުނިޔޭގައި މޮޅެތި ކުޅުންތެރިން އުފައްދާ މައްޝޫރު އެކަޑަމީތައް އޮތީ ކުޅުންތެރިންނަށް ފުރުސަތު ދޭން ތައްޔާރަށް ކަމަށް މަރޭ ވިދާޅުވެއެވެ.

    ރާއްޖޭގެ ގައުމީ ޓީމަށް ފަހަކަށް އައިސް ރަނގަޅު ނަތީޖާ ތަކެއް ނުހޯދި ދިއުމަކީ މަރޭ އެ ވިދާޅުވާ އެއްޗެއްގެ ތެދުކަން ސާބިތުވާ ކަމެކެވެ. ކުލަބް ލެވަލް ސަރަހައްދީ މުބާރާތް ތަކުން ވެސް ރާއްޖެއަށް ރަނގަޅު ނަތީޖާ އެއް ނުހޯދޭތާ ކިތަންމެ ދުވަހެކެވެ. 

    ]]>
    Thu, 22 Dec 2022 15:51:12 +0500 ހީރަސް
    ވަކިކުރި އަސްލު އެމްޑީޕީ މެންބަރަކީ ލޭބަރޕާޓީ ލީޑަރުތަ!! https://heerasnews.com/821 https://heerasnews.com/821 އުވަ އޮޑިއަށާއި ދޮންނަ މެޝިނަށާއި ޓައްޕަށް ވޯޓު އަޅައިގެން ބޭއްވި ޕްރައިމަރީ ސައްހަވާ ބޭފުޅަކު ދަފްތަރު އޮޅުވާލާ ވާހަކަ ދެއްކެވީމާ ރީއްޗެއް ނޫނެވެ. ކޮންމެ އެތެރޭގެ އިންތިހާބެއްގައި އެހެން ޕާޓީތަކުގެ މެންބަރުން ވަދެ އިންތިހާބު ގަޑުބަޑު ކުރާ ވާހަކަ ދައްކަވާ ބޭފުޅާ ދަފުތަރު އޮޅުވާ ވާހަކަ ދެއްކެވީމާ ކަމަކު ނުދެއެވެ. އަމިއްލަފުޅު ކޮންޓްރޯލު ދަށުގައ ގައުމީ މަޖިލީހާއި ސެކެޓެރިއޭޓް 17 އަހަރު ވަންދެން އޮތް ބޭފުޅަކު ދަފުތަރު ހަމަ މަގަށް ނާޅުއްވާ ހުންނަވައިގެން ދަފުތަރު ގަޑުބަޑު ވެފައިވާ ވާހަކަ ދެއްކެވީމާ ހުތުރެވެ.

    ހަނދުމަ ފުޅު އައުކޮށް ލައްވާށެވެ. 2008 ގެ ރިޔާސީ ޕްރައިމަރީގެ ކުރިން އެމްޑީޕީގެ ރައީސަކަށް ހޮވި ވަޑައިގަތީ ޑރ. މުނައްވަރެވެ. އޭރު މެންބަރުންގެ ގޮތުގައި ތިބި ތޭރަ ހާހެއްހާ މީހުންގެ ތެރެއިން މުނައްވަރު ހޮވިވަޑައިގަތީ ބޮޑު އަގުލަބިއްޔަތަކުންނެވެ. 2008 ގެ ޕްރައިމަރީގެ ކުރިން ޕާޓީގެ ޗެއަޕަރސަނަކަށް ހުންނަވާ ފްރައިމަރީއާއި ޖެހުމުން އިސްތުފާ ދެއްވިއިރު ޕާޓީގެ ދަފުތަރު އޮތީ ފިސާރި ގައިކޮޅަށް ހެޔޮވަރަށް ފަހާލާފައެވެ. ޕާޓީގެ ރައީސް ހޮވަން ބޭއްވި އިންތިހާބުގައި ވޯޓުލީ އެތައް ބަޔަކަށް އޭގެ ހަމަސް ފަހުން ބޭއްވި ރިޔާސީ ޕްރައިމަރީގައި ވޯޓެއް ނުލެވުނެވެ.

    2008 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވީ ހަތަރު ބޭފުޅުންނެވެ. ޕާޓީގެ އޭރުގެ ރައީސް ޑރ. މުނައްވަރާއި އިސްތިއުފާދެއްވި ޗެއަރޕާސަން މުހައްމަދު ނަޝީދާއި ޕާލަމަންޓްރީ ގްރޫޕް މެންބަރ ރީކޯ މޫސާ މަނިކާއި ގައުމީ މަޖިލީހުގެ މެންބަރ ޑރ. ހުސައިން ރަޝީދު ހަސަނެވެ.

    އިސްތިއުފާ ދެއްވި ޗެއަރޕަރސަންގެ ގައިކޮޅަށް ހެޔޮ ވަރަށް ޕާޓީގެ ދަފްތަރު ބައްޓަންކޮށް ނިމިފައި އޮތް އިރު ކަމަކު ދާކަށް ނެތެވެ. ރިޔާސީ ޕްރައިމަރީ ކެންޑިޑޭޓް އަދި ގައުމީ މަޖިލިސްގެ މެންބަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ނަންފުޅު އެމްޑީޕީ މެންބަރުންގެ ދަފުތަރަކު ނެތެވެ.

    އަޑުގެ ކޮޅަށް އެ ވާހަކަ ދެއްކީ ކެންޑިޑޭޓުން އެކަންޏެއް ނޫނެވެ. އެމްޑީޕީ ރައީސް ހޮވަން ވޯޓުލެވުނު އެކަމަކު ރިޔާސީ ޕްރައިމަރީގައި ވޯޓު ނުލެވުނު އެ ތައްސަތޭކަ މެންބަރުންނެވެ. އޭރުގެ ރައީސް ޑރ. މުނައްވަރު ފެއިލްކޮށްލައްވާ ރިޔާސީ ފްރައިމަރީ ކާމިޔާބު ކުރެއްވީ އިސްތިއުފާ ދެއްވި ޗެއަރޕާސަން މުހައްމަދު ނަޝީދެވެ. އެއީ އެދުވަހެވެ.

    އޭގެ އެގާރަ އަހަރު ފަހުން 2019 ގައި އެމްޑީޕީގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކުރެއްވީ މަގާމުގައި ހުންނެވި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޕާލަމެންޓް މެންބަރ މުހައްމަދު އަސްލަމެވެ. އޭރު ޕާޓީގެ ރައީސް ނަޝީދާއި ޗެއަރޕާސަން ހަސަން ލަތީފާއި އިންތިހާބީ ވެރިޔާ "ސާބެ" އަކީ  އެއްގަލުން ފެހިކާ ލަނޑާ ތަކެއް ފަދައެވެ. ވޯޓުލަމުން ދިޔައިރު ވެސް އޭގެ ފަހުން ވެސް މެންބަރު އަސްލަމް ޕާޓީ އޮފީހަށް އެތައް ސަތޭކަ ޝަކުވާ ހުށަހެޅުއްވިއެވެ. އެ ދުވަހު ވެސް ދަފްތަރުގެ ވާހަކައާއި ވޯޓު އޮޅުވުމުގެ ވާހަކަ ތަކުރާރުކޮށް އެތައް ހާސް މެންބަރުން ދެއްކިއެވެ. އެކަމަކު ވީގޮތެއްވެ ނަތީޖާ ނިމިގެން އައީ ޝިފާޒް ކާމިޔާބު ކޮށްގެންނެވެ.

    އެންމެ ފަހުން ބޭއްވި ޗެއަރޕާސަން ހޮވުމުގެ އިންތިހާބުގެ ދުވަސްވަރު ދަފްތަރުގެ ވާހަކަ އަނެއްކާ ވެސް ކެކިގަތެވެ. ޕާޓީގެ ރައީސާއި ނައިބު ރައީސާ އެންމެ ފަހުން ހުންނެވި ޗެއަރޕާސަންއާއި އިންތިހާބީ ކަންކަން ޒަމާނުއްސުރެ ބެލެހެއްޓެވި ސާބެ ތިއްބެވީ އިމްތިޔާޒް ފަހުމީއަށް ނިކަން ރަގަޅަށް ބައިއަތު ހިއްޕަވައިގެންނެވެ.

    އިމްތިޔާޒް ފަހުމީގެ އެންމެ އިސް ވައުދަކީ ދަފްތަރު އިސްލާހު ކުރެއްވުމެވެ. ޗެއަރޕާސަންގެ އިންތިހާބު ކާމިޔާބު ކުރެއްވި ފައްޔާޒު އިސްމާއީލް އެންމެ އިސްކޮށް ކުރެއްވިކަމަކީ އިމްތިޔާޒުގެ ފުރަތަމަ ވައުދު ހަގީގަތަކަށް ހައްދަވާ ދެއްވުމެވެ. ގައުމީ މަޖިލިސްގެ ނިންމުމާއެއް ގޮތަށް ޕާޓީގެ ދަފްތަރު އިސްލާހު ކުރެއްވުމެވެ.

    17 އަހަރު ވަންދެން އާރާ ބާރު ގައި ހުންނަވައިގެން ދަފްތަރު އިސްލާހު ނުކުރައްވާ ހުންނަވާ ދެއްކެވީ އެހެން ޕާޓީތަކުގެ މީހުން އެތެރޭގެ އިންތިހާބުތައް ހަރާބު ކުރާ ވާހަކަ އެވެ. އެ މަނިކުފާނު ނުކުރެއްވި ކަމެއް އުސޫލާއި ހަމައިގެ ތެރެއިން އެހެން ބަޔަކު ކުރީމާ ރައީސް ސާލިހަށް ވޯޓު ނުލާނެ "އަސްލު އެމްޑީޕީ މެންބަރުން" ގެ 39000 މީހުން އުނިކުރި ކަމަށް ވެއްޖެއެވެ. 

    ރައީސް ނަޝީދު އެ ވިދާޅުވާ އަސްލު އެމްޑީޕީ މީހާ ދެނެގަންނަ މީޓަރ އޮތް ތަނެއް ނޭގުނަސް ރާއްޖޭގައި ރަޖިސްޓްރީ ވެފައިވާ ސިޔާސީ ޕާޓީއެއްގެ ލީޑަރަކު އެމްޑީޕީގެ ދަފްތަރުގައި އޮތުމުން އެންމެ ފަހުން އޮތް އެމްޑީޕީ އެތެރޭގެ އިންތިހާބުގައި ވޯޓް ދިންކަން ޔަގީނެވެ.

    ނޭގެނީ އޭނާ ވޯޓުދެއްވީ ކޮން ކެންޑިޑޭޓަކަށް ކަމެވެ. އުސޫލާ ހަމައިގެ ތެރެއިން މިފަހަރު ވަކިކުރެވުނު ބަޔަކު ވަކިކުރީ މެމްބަރުޝިޕް ސައްހަކުރަން އެކަށީގެންވާ ވަގުތު ދީގެންވެސް ސައްހަ ނުކުރި މީހުންނެވެ. އޭގެތެރޭގައި ގިނައީ އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮތް މީހުނެވެ. އެ މީހުން ވަކި ކުރުމަކީ ގޯހެއް ކަމަށް ވާނަމަ ރައީސް ނަޝީދު އެ ވިދާޅުވާ އަސްލު އެމްޑީޕީ މީހާއަކީ ލޭބަރ ޕާޓީގެ ލީޑަރ ފަދަ ބޭޅުންތާއެވެ.

    ]]>
    Thu, 22 Dec 2022 11:06:20 +0500 ހީރަސް
    ޖަމީލަކީ ރައީސުންނަށް ޖެހިފައި އޮތް މުސީބާތެއް https://heerasnews.com/820 https://heerasnews.com/820 ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ކޮންމެ ބޭފުޅަކާ ޖައްސާލުމަކީ ޑރ. ޖަމީލުގެ އާދައެވެ. ޖަމީލަކީ ގައުމަށް ޖެހިފައި އޮތް މުސީބާތެކޭ ތަފާތެއް ނެތެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށް ވުރެ ޖަމީލުގެ ކަންތައް ބޮޑެވެ. ޕީއެޗްޑީ ނަގައިގެން ހުރީ ފިތުނަ ފަސާދަ އުފެއްދުމުން ކަހަލައެވެ. އިލްމީ މީހެއްގެ އުޅުމަށް ވުރެ ޖަމީލުގެ އުޅުމާއި ބަސްމަގު ވަކަރުގެ ކުއްޖެކޭ އެއްގޮތެވެ. ސާބިތު ނުހިފޭ ދޮގު ވާހަކަ ދެއްކުމުގައި ލަދެއް ހަޔާތެއް ނެތެވެ. މިނެއް ސުމާރެއް ނެތެވެ. ޖަމީލުގެ ހަމަލަމަ ގެއްލި ސިޔާސީ ގޮތުން މީހާ ރަންޑިވެ އިތުބާރު ގެއްލި ކަނޑުކޮހަކަށްވެ ނިމިއްޖެއެވެ.

    އާނއެކެވެ. ޖަމީލަކަށް ރައީސް މައުމޫނު ކަމަކު ނުދިޔައެވެ. ރައީސް މައުމޫނުގެ ކެބިނެޓްގައި ހުރެ އެ މަނިކުފާނަށް ހަރާން ކޯރުވިއެވެ. އެންމެ ބޭނުންވީ ވަގުތު ނިޒާމީ ބަހުސް ތެރެއިން ސްޓޭޖުން ފުންމާލާ ރައީސް މައުމޫނު ވުޖޫދުން ފުހެލުމަށް ނުކުރާ ކަމެއް ނެތެވެ. އޭރު ގިނަ މީހުން ހީކުރީ ޖަމީލު އިސްލާހީ މަސައްކަތުގައި އިހުލާސްތެރި މަސައްކަތް ތަކެއް ކުރާކަމަށެވެ. ވަތަން އެދޭ އިއްތިހާދުގެ ތެރެއިން ޑރ. ހަސަން ސައީދުގެ ބަނޑުވާ ހެދިގެން އުޅުނީ މަ ބޮޑޭ ވާންކަން އެނގެނީ އެއްވެސް ސާބިތުކަމެއް ނެތި ލާހޫރޭތީއެވެ.

    ޖަމީލުގެ ނުބައި ނުލަފާ ކަމުން އެންމެ ބޮޑު ކެއްސެއް ދިނީ އަބްދުﷲ ގާޒީއަށެވެ. ޖަސްޓިސް މިނިސްޓަރ ކަމުގައި ހުރިއިރު އަބްދުﷲ ގާޒީއާއި އުފައްދާފައިވާ އަޑިނޭނގޭ ގުޅުމެއްގެ ތެރެއިން ތަހުގީގަށް ޖަމީލު ހައްޔަރު ކުރުމަކީ ރައީސް ނަޝީދުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ފުލުހުން ކުރަމުން އައި ތަހުގީގެއްގެ ބޭނުމަށް ޖަމީލު ހައްޔަރުކޮށް މުއްދަތު މަޖިލީހަށް ގެންދާއިރަށް އަބްދުﷲ ގާޒީ ޖަމީލު ދޫކޮށްލައެވެ. ފުލުފުލުން ތިން ހަތަރު ފަހަރު ޖަމީލު ހައްޔަރު ކުރެވުނަސް ދޫކޮށްލަން ވަނީ މުއްދަތު ޖަހަން ގެންދާ ލަހެކެވެ. މުއްދަތު މަޖިލީހަށް ޖަމީލު ވެއްދުމާ ދޫކޮށްލުން ހިނގަނީ އެކު އެކީގައެވެ. ނަތީޖާއަކަށް ވީ އަބްދުﷲ ގާޒީ އެކަހެރި ކުރުމެވެ.

    އަބްދުﷲ ގާޒީ އެކަހެރި ކުރުން ވީ ވެރިކަމަށް ފެން ބޮވައިގެންފައި ތިބި މީހުނަށް މަރެއް ކަހަލަ ކަމަކަށެވެ. އެމްޑީޕީގެ ފުރަތަމަ ސަރުކާރު ބަގާވަތަކުން ވައްޓާލުމުގެ ސަބަބު އުފެއްދީ ޖަމީލު ނޫން ދެވަނަ މީހެއް ނޫނެވެ. ޖަމީލުގެ ހަމައިގައި ރައީސް ނަޝީދަށް ވެސް ވެރިކަމުގައި ކުރެއްވުނު ރަނގަޅު އެއްކަމެއް ނެތެވެ. ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ޖަމީލު ނާޅުވާ ވަގު ތުހުމަތެއް ނެތެވެ. ރައީސް ނަޝީދު ދިގު މުއްދަތަށް ޖަލަށްލުމަށް އާއްމު އެއްވުން ތަކުގައި ހުކުން ކުރަމުން ދުވީ ޖަމީލެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓި މިހާ ދުވަސް ވީއިރު ވެސް ޖަމީލު ކުރި އެއްވެސް ތުހުމަތެއް ރައީސް ނަޝީދު މައްޗަށް ޖަމީލަށް ސާބިތުކޮށެއް ނުދެވެއެވެ.

    ޑރ. ވަހީދުގެ ބާގީ ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުރެ ފުލުހުން މެދުވެރިކޮށް ސިޔާސީ ހަސަދަވެރިންގެ ކިބައިން ބަދަލު ހިފަން ކުރިހާ ކަންކަމުން ހޯރަ އިއްބެ ފްރޭމް ކުރުން ނޫން ކަމެއް ޖަމީލަކަށް ކަމިޔާބެއް ނުކުރެވުނެވެ. ޑރ. އަފްރާޝީމްގެ ގަތުލުގެ ހަގީގަތް ފޮރުވުމަށް ފުލުހުން ލައްވާ ކުށުގެވެށި ކޮލޮރިންއާއި ޑިޓޯލުން ދޮވެ ސާފުކޮށް ޕޯސްޓު މޯޓަމް ނުހަދާ ވަޅުލާ ހެކި ނައްތާލުމަކީ ޖަމީލު ކުރުވި އެންމެ ޖައްބާރު އެއް ކަންތަކެވެ.

    ރައީސް ޔާމީނުގެ އުނގަށް ވެއްޓިގަނެގެން ނައިބު ރައީސްކަން ހޯދާ ބަގާވާތަކުން ވެރިކަން ފެލައިލަން އުޅުނު އުޅުން ނާކާމިޔާބުކޮށް ބޭރުކޮށްލުމުން ރައީސް ޔާމީނަށްވުރެ ނުބައި ނުލަފާ އަނިޔާވެރި އަކު ޖަމީލަކަށް ނެތެވެ. ރައީސް ޔާމީނަކީ މާ ސިންގާ ބޮޑު ވަގަކަށްވެ ޖަލު ނޫން ތަނެއް ހައްގު ނޫން ކަމަށް އެންމެ ގިނައިން ގޮވި ދިވެއްސަކީ ޖަމީލެވެ. ކައިރި މާޒީގެ ނޫސްތަކާއި ޓްވިޓަރއާއި ސޯޝަލް މީޑިއާއިން ހެކި އެ ހުރީ ފެންނާށެވެ. އޭރު ޖަމީލަށް ރައީސް ޔާމީނަކީ ވަގުބުޅަލެކެވެ. ވެރިކަމަށް ކުފޫ ހަމަނުވާ ޝަރުތު ގެއްލިފައިވާ ބޮޑު ވަގެކެވެ. ޑިކްޓޭޓަރެކެވެ. ހާއިނެކެވެ.

    ޖަމީލު ކީހާޅެން ފަރިއްސަށްވެ ކުރިން ބުނިއެތި ކެންސަލްކޮށް ޔާމީނުގެ ދިފާއުގައި އެހުރީ ބުޑު ފެންނަ ވަރަށް އެއް ރޮއްޖަށް ފޫގަޅައިގެނެވެ. މިހާރު ޖަމީލަށް ވަގު ބަދަލު ވެއްޖެއެވެ. މިއަދު ވިއްދާލާފައި އެހުރީ ރައީސް ސާލިހާއެވެ. ރައީސް ސާލިހުގެ އިސްތަށިފުޅުގައި ނަޅުވާ ތުހުމަތެއް ޖަމީލުގެ ނެތެވެ. ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާހާ ބޭފުޅުން މަގާމުގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ރެކޯޑެއް ވަކި އެކަކަށް އޮތްނަމަ އެ މީހަކީ ޖަމީލެވެ. ފިތުނަ ފަސާދަ އުފެއްދުމުގައި ޖަމީލު އެހުރީ ކުންނުގައެވެ. ދައުލަތާ އިދިކޮޅު ހަރަކާތް ހިންގުމާ ގާނޫނުލް އުގޫބާތުގައި އޮތްނަމަ އޮތް ފިތުނަ ފަސާދައާއި އަބުރު ނަގާލުމުގެ ކުށެއް ޖަމީލުގެ މައްޗަށް ސާބިތު ވާނެއެވެ.

    ]]>
    Wed, 21 Dec 2022 13:20:40 +0500 ހީރަސް
    ސްޓެލްކޯގެ ހަގީގީ ހިދުމަތްތެރިންނަކީ މުވައްޒަފުން: ޝަރީފް https://heerasnews.com/819 https://heerasnews.com/819 ސްޓެލްކޯ ކާމިޔާބު ހިދުމަތްތެރި ކުންފުންޏެއްގެ ގޮތުގައި ދެމިއޮތީ ހީވާގި މުއައްޒަފުންގެ ހިއްވަރާ މަސައްކަތުންނެވެ. ކަމަށް ކަމޭ ހިތުމާއި ޒިންމާ ދާރުކަމުންނެވެ. ލަސްކޮށް ފަސްކުރުމެއް ނެތި ގުޅިގެން ގެން އެކުގައި ކުރި ލާމަސީލު ގުރުބާނީންނެވެ.

    އެކަށީގެންވާ ރަނގަޅު ހިދުމަތެއް ދިނުމަށް ބޭނުންވާ މިންވަރަށް ޓީމް އެކުލަވާލެވި ހުރިހާ ދާއިރާއެއްގައި ގާބިލު މުއައްޒަފުން ތިބުމަކީ ސްޓެލްކޯގެ ކާމިޔާބީގެ އަސްލެވެ. މުއައްޒަފުންނަށް މަސައްކަތުގެ ފަހި މާހައުލެއް ހޯދާދީ ހިތްހަމަ ޖައްސައިދީގެން ނޫނީ ރައްޔިތުންނަށް ހިތްހަމަ ޖެހޭ ހިދުމަތެއް ފޯރުކޮށް ނުދެވޭނެކަން ސްޓެލްކޯ އަބަދުވެސް ދަނެއެވެ. ރަނގަޅު މުސާރައިގެ އިތުރަށް އިނަޔަތްތަކާ ފަހި ފުރުސަތުތައް ކެނޑިނޭޅި މުއައްޒަފުންނަށް ހޯދާދީ މުއައްޒަފުން އުފަލުގައި ބޭތިއްބުމަކީ ސްޓެލްކޯ ވަރަށް ބޮޑު އިސްކަމެއް ދޭކަމެކެވެ.

    ވޭތުވެ ދިޔަ ހަތަރު އަހަރަކީ ސްޓެލްކޯގެ ތާރީހުގައި އެގޮތުން ފާހަގަ ކޮށްލެވޭނެ އެންމެ ކާމިޔާބު ހަތަރު އަހަރެވެ. ގިނަ އާއިލާތަކަކަށް ވަޒީފާގެ ފުރުސަތު ސްޓެލްކޯއިން ވަނީ ހޯދާދީފައެވެ. 1300 އަށް ވުރެ ގިނަ އާއިލާއަށް ވަޒީފާ ސްޓެލްކޯއިން ލިބި ދިނުމަކީ އެކަމުގެ ސަބަބުން އެތައް ރައްޔިތަކަށް އެކަމުގެ ހެޔޮ ނަފާ ލިބިގެން ދިޔަ ކަމެކެވެ.

    ސްޓެލްކޯގެ މުވައްޒަފުންގެ ހިތްހަމަޖެހުމަށް ވަޒީފާގެ މާހައުލުގައި ކުދިން ބެލޭނެ އިންތިޒާމު ސްޓެލްކޯގައި ޗައިލްޑް ކެއަރ ސެންޓަރެއް ގާއިމުކޮށްގެން ވަނީ ހަމަޖައްސާފައެވެ. މުވައްޒަފުންނަށް ސްޓެލްކޯއިން ހިންގާފައިވާ އެންމެ ކާމިޔާބު ޕްރޮގްރާމަކީ ހައުސިން ސްކީމެވެ. 360 އާއިލާއަށް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ކުޑަކަމެއް ނޫނެވެ.

    25 އަރުން މިލްކުވާ ގޮތަށް ދޫކޮށްފައިވާ ފްލެޓްތަކަށް މަހަކު ދައްކަންޖެހޭ މިންވަރަކީ ވެސް ފްލެޓް ލިބުނު މުއައްޒަފުންނަށް ބުރައަކަށް ނުވާގޮތަށް ވަނީ ކުޑަ ކޮށްދެވިފައެވެ.

    ރައީސް ސާލިހުގެ ދުރު ވިސްނުންފުޅާ ހަމަހަމަ ސިޔާސަތާއި އެއްގޮތަށް ތަފާތު ކުރުމެއް ނެތި ސްޓެލްކޯއިން ރައްޔިތުންނަށްދޭ ހިދުމަތް ރަގަޅު ފެންވަރުގައި ދިނުމުގައި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ހުންނެވީ މުއައްޒަފުންގެ ލާބައަށް ކުރެއްވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވުމުގައި މުއައްޒަފުންނާ އަތުގުޅުއްވައިގެނެވެ. މުއައްޒަފުންގެ ފަރާތުން އެމްޑީ އެދިވަޑައިގަންނަވަނީ ފަސްކޮށް ލަސްކުރުމެއް ނެތި ރައްޔިތުން ބަލައިގަނެ އުފާވާ ފެންވަރު ހުރި ހިދުމަތެއް ދިނުމުގައި ދެމިތިބުމަށެވެ.

    ]]>
    Wed, 21 Dec 2022 10:16:59 +0500 ހީރަސް
    ސަބްސިޑީ ނުލިބޭނަމަ ކަރަންޓެއް ނުދެވޭނެ: ޝަރީފް https://heerasnews.com/818 https://heerasnews.com/818 ވަރަށް އަސާސީ ފެންވަރެއްގައި ނީގެ 73 އަހަރުކުރިން ފެށުނު ކަރަންޓުގެ ހިދުމަތް ތަރައްގީވެ 125 މެގާވޮޓް ކަރަންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯއަށް ލިބިފައިވަނީ ހަމަ ހުރަފައެއް ނޫނެވެ. ބައެއްގެ ހިތްވަރާ މިންނަތުންނެވެ. ހުޝިޔާރުކަމާއި ގާބިލު ކަމުންނެވެ. އެކަން އެންމެ ބޮޑަށް ފަހަގަ ކުރައްވަނީ ސްޓެލްކޯގެ އެމްޑީ އަހުމަދު ޝަރީފެވެ.

    ތަފާތު ނަންނަމުގައި ދިރެމުން ފުޅާވަމުން އައި ކަރަންޓްގެ ހިދުމަތުގައި ސްޓެލްކޯއަކީ ކަރަންޓެވެ. ކަރަންޓަކީ ސްޓެލްކޯއެވެ. ސަބަބުތައް ބައިވަރެވެ. 1949 ވަނަ އަހަރު އަލްއަމީރު މުހައްމަދު އަމީނު ދީދީގެ އިސްނެންގެވުމަކުން މަލޭގައި  އާދައިގެ ގޮތަކަށް ދޭން ފެށުނު ކަރަންޓްގެ ހިދުމަތް މެދުކެނޑުމެއް ނެތި ދުވަހެއް ދުވަހަކަށް އައީ ތަރައްގީ ވަމުންނެވެ.

    އޭރުއްސުރެ މިހާ ތަނަށް ކަރަންޓްގެ ހިދުމަތް ދެމިއޮތީ އެހިދުމަތަކީ އިހުމާލު ކޮށްލެވެން ނެތް އަސާސީ ހިދުމަތަކަށް ވަތީއެވެ.

    ރާއްޖޭގައި އޮތް ކޮންމެ ސަރުކާރަކުން ވެސް ހިދުމަތް އައީ ރަނގަޅުކޮށް ފެންވަރު މަތި ކުރުމަށް ކުރެވެން ހުރި ކަންކަން ކުރަމުންނެވެ. އެހެން ނަމަވެސް މީގެ ކުރީގެ ސަރުކާރު ތަކުން ނުކުރާހާ މަސައްކަތް ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި މިސަރުކާރުން ވަނީ ކޮށްފައެވެ. އެކަން ސްޓެލްކޯގެ އެމްޑީ ހިތްޕުޅުގެ އަޑިން ފާހަގަ ކުރައްވާ ރައީސް ސާލިހަށް ފަށްފަށުން ޝުކުރުވެރިވެ ވަޑައި ގަންނަވައެވެ.

    ސްޓެލްކޯ އެމްޑީ ޝަރީފު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ރައްޔިތުނަށް 24 ގަޑިއިރު ކަރަންޓު ދެވެނީ ސަރުކާރުގެ ހެޔޮފުޅުކަމުންނެވެ. ތެލުގެ އަގު ބޮޑުވެގެން ގޮސް އަތް ނުފޯރާފަަށަށް ތެލުގެ އަގު ގޮސްފައި ވީނަމަވެސް ކަރަންޓުގެ ސިނާއަތަށް އެއްވެސް ކަހަލަ ބުރޫ އެރުމެއް ނެތި ހިދުމަތް ދެމުން ގެންދެވެނީ ސަރުކާރުގެ ސަބްސިޓީ ސްޓެލްކޯއަށް ލިބޭތީއެވެ. ހާއްސަ ހެޔޮ ރޭޓެއްގައި ތެޔޮ ފޯރުކޮށްދެތީއެވެ. އަނެއް ކޮޅުން ތެޔޮ ފޯރުކޮށްދޭ ފަރާތަށް ސަރުކާރުން ހަމައަގު ދައްކަމުން ދާތީ ތެޔޮލިބުމަކަށް އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވެއެވެ. ތެޔޮ ލިބުމުގައި ދަތި ކަމެއް ނެތުމުން ކަރަންޓް ފޯރުކޮށް ދިނުމުގައި ސްޓެލްކޯއަށް އުދަގުލެއް ނެތެވެ. އެ ކަމަށްޓަކައި ސަރުކާރަށް ސްޓެލްކޯ ޝުކުރުވެރި ވަނީ ނިހާޔަތަށެވެ.   

    ]]>
    Wed, 21 Dec 2022 00:30:43 +0500 ހީރަސް
    އެސްޓީއޯ އަށުވަންނަ: އެސްޓީއޯ އަކީ ރާއްޖޭގެ ހިތް https://heerasnews.com/817 https://heerasnews.com/817 އެސްޓީއޯ އަކީ ދިވެހި ރައްޔިތުންގެ ފުޑް ސެކިއުރިޓީގެ ޒިންމާ އުފުލާ ކުންފުންޏެވެ. ދިވެހި ރައްޔިތުން ތެލަށް ނުޖެހޭނެހެން ބޭނުންވާ ތެޔޮ ގެނެސް ފައްލަވަކޮށް ފޯރުކޮށްް ދެނީ އެސްޓީއޯއިންނެވެ. ބޭރުން އެތެރެ ކުރާ ކާޑާއި ތެލަށް ބަރޯސާވެފައިވާ ދިވެހި ރާއްޖެ ބަޑަށް ޖެހުނަ ނުދީ ނަގަހައްޓާ ދެމެހެއްޓުމުގައި އެސްޓީއޯއަކީ ދިވެހިރާއްޖޭގެ ހިތެވެ. 

    އެސްޓީއޯ އުފެދުނީއްސުރެ ދިވެހިން ކާޑު ނުލިބިގެން ހައިހޫނުކަން ތަހައްމަލު ކުރާކަށް ނުޖެހެއެވެ. ތެޔޮ ހުސްވެގެން ދަތުރު ފަތުރު ހުއްޓާލާ ކަނު އަނދިރީގައި ތިބޭކަށް ނުޖެހެވެ. ކާޑާ ތެލުގެ އިތުރަށް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހުރިހާ މުދަލެއް އެސްޓީއޯއިން ޔަގީން ކަމާއެކު ރައްޔިތުންނަށް ފޯރުކޮށް ދޭތާ ބައި ގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

    އިތުބަރާ ޔަގީން ކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި 58 އަހަރު އެސްޓީއޯއަށް ވީއެވެ. މި އަދަކީ އެސްޓީއޯއަށް 58 އަހަރު ފުރުނު ދުވަހެވެ. ދުވަހުގެ ހެޔޮ އެދުންތައް އެސްޓީއޯގެ އެހާރާއި މިހާރުގެ ހުރިހާ ހުރިހާ މުއައްޒަފުންނަށް ފޮނުވަމެވެ. ހާއްސަކޮށް އެސްޓީއޯގެ މިހާރުގެ ހީވާގި ހިންގުންތެރި އެމްޑީ ހުސައިން އަމްރު ރަޝާދަށް ސާބަހާ އައްސަރިބަސް ރައްދު ކުރަމެވެ.

    އެސްޓީއޯއަކީ ދިވެހި ދައުލަތުގެ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ. ޒިންމާދާރު އެސްޓީއޯ ގައުމުގައި އަދާ ކުރަމުންދާ ދައުރަށް މިއަދު މަތިމަތިން ނަމަވެސް ބަލާލުމަކީ ލިބޭ އުފަލެކެވެ. ދައުލަތުގެ ކުންފުންޏެއްގެ އުމުރުން 58 އަހަރު ފުރުމަކީ ކުޑަކަމެއް ނޫން ވީމައެވެ. ދުވަހެއް ދުވަހަކަށް ބޮޑުވަމުން ކުރިއަރަމުން ބަނގުރޫޓްު ނުވެ ދެމި އޮތީމައެވެ. 

    ދުނިޔޭގެ ބަޒާރުގައި ތެލުގެ އަގު ބޮޑުވެ ތެޔޮ ލިބުން ދަތިވެގެން ދިޔަ އެއްވެސް ދަނޑިވަޅެއްގައި ރާއްޖެ ތެލަށް ޖެހިގެން ކަނު އަނދިރީގައި ރައްޔިތުން ތިބޭކަށް އެސްޓީއޯ އުފެދުނީއްސުރެ ނުޖެހެއެވެ.

    ތެޔޮ ނުލިބިގެން އޮޑި ދޯނި ފަހަރުގެ ދަތުރު ފަތުރު ހުއްޓާލާކަށް ނުޖެހެއެވެ. ކުރިމަތިވާ ގޮންޖެހުން ތަކާއެކު ވެސް ރައްޔިތުންގެ އަތް ފޯރާފަށުގައި ތެލުގެ އަގު ހިފަހައްޓައިގެން ތެޔޮ ފޯރުކޮށް ދިނުމުގައި އެސްޓީއޯ ފޭލް ވެފައެއް ނެތެވެ.

    އެސްޓީއޯގެ ތާރީހުގައި ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކޮށް ދިނުމުގައި އެސްޓީއޯއިން ހިނދު ކޮޅަކަށް ވެސް ފަރުވާ ކުޑައެއް ނުކުރެއެވެ. ކާޑުގެ ބާވަތްތައް ފަސޭހަ ކަމާއެކު ހެޔޮ އަގުގައި ރައްޔިތު މީހާ ހުރި ހިސާބަކުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ރައްޔިތުން ބަނޑުހައި ހޫނު ކަމުގައި ތިބެން ނުޖެހޭނެ ކަމުގެ ކަށަވަރުކަން އެސްޓީއޯއިން ރައްޔިތުންނަށް ލިބިދީފައި ވެއެވެ.

    ކާޑުގެ ބާވަތްތައް ނޫން ނަމަވެސް އާއްމުކޮށް ކެއުންބުއިމަށް ބޭނުން ކުރާ ފިޔާ، އަލުވި، ބިސް ފަދަ މުހިންމު ބާވަތް ތަކުގެ ބާޒާރު އޮންނަ ގޮތް ދުވަހުން ދުވަހަށް ބަލާ ރައްޔިތުންނަށް ލުއިފަސޭހަކޮށް ލިބޭނެ ގޮތް އެސްޓީއޯއިން ހަދާދެއެވެ.

    ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލާއި އެއްވަރަށް ރައްޔިތުންނަށް ބޭނުންވާ ބާވަތް ތަކަށް ނުޖެހި އެ ތަކެތި ރާއްޖެއިން ލިބެން ހުންނާނެ ފަހި މަގު އެސްޓީއޯއިން އޮތީ ފަހިކޮށްފައެވެ. އިމާރާތް ކުރުމަށް ބޭނުންވާ ދަގަނޑާއި ހިލަޔާއި ހިލަވެއްޔާއި ސިމެންތިއާއި ލަކުޑިއަށް ދާންދެން ލިބޭނެ އިންތިޒާމް އޮތީ ހަމަޖައްސާފައެވެ. ގެވެހި ސާމަނާއި ހާޑްވެއަރއާއި އިލެކްޓްރިކާއި އިލެކްޓްރޯނިކްސް އިން ފެށިގެން އެންމެނަށް އެސްޓީއޯގައި ޗޮއިސް އެބައޮތެވެ.

    އެސްޓީއޯއިން ވިޔާފާރި ފުޅާކޮށް ހުރިހާ ބާވަތެއްގެ ވިޔާފާރި ކުރުމަކީ އެއްވެސް ބާވަތެއްގެ އަގު ބާޒާރުގައި އުފުލިގެން ދިޔަ ނުދިނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ބާޒާރުގެ އަގު އަތްފޯރާފަށުގައި ބޭއްވުމަށް އާއްމު މުދާ ވިއްކުމުގެ ބާޒާރުގައި ލީޑް ކުރުމަކީ ބޮޑު ފައިދާ ހޯދުމަށް ވުރެ ބަޒާރުގެ އަގު ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓުމަށް ކޮންމެހެން ލާޒިމުކަމެކެވެ. 

    ]]>
    Tue, 20 Dec 2022 14:36:56 +0500 ހީރަސް
    ޅެމެއްގެ ދޭހަ : މި ދުނިޔެ https://heerasnews.com/816 https://heerasnews.com/816

    މި ދުނިޔެ       

    އާދަމް ނަޞީރު އިބްރާހީމް (2008)

    1-    ދުނިޔޭގެ އުނުފޭރާމަކީ، މަކަރާއި ޙީލަތްތެރިކަމޭ

                 އެކަމުން ފޮރުވި ފަރުދާވަނީ،  ކުލުނާއި  އިޚްލާޞްތެރިކަމޭ

    އދ. ގެކުރީގެ ސެކްރެޓްރީ ޖެނެރަލް،  ކޯފީ އާނާނުގެ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.  ޤުދުރަތުން ދުނިޔޭގައި ލައްވާފައިވާ ތަނަވަސްކަމުގެ %86 ބޭނުންކުރަނީ ދުނިޔޭގެ އެންމެ މުއްސަނދިންގެ 1/5 މީހުންނެވެ.   އެންމެ ފަގީރުންގެ 1/5 މީހުން ބޭނުން ކުރުމަށް، ދުނިޔޭގެ ތަނަވަސްކަމުގެތެރޭން އެމީހުންނަށް ލިބިފައިވަނީ، އެންމެ  %1.3އެވެ.  ދުނިޔޭގެ އެންމެ މުއްސަނދި 225 މީހުންގެ ރައުސުލްމާލު 1 ޓްރިލިޔަނަށްވުރެ މައްޗަށް އަރައެވެ. މިއީ، މުޅި ދުނިޔޭގެ އަބާދީގެ %47މީހުންގެ 1 އަހަރު ދުވަހުގެ މުސާރަޔަށް ފުދޭހާ މިންވަރެވެ. ހަމަ އެހެންމެ ދުނިޔޭގެ އެންމެ މުއްސަނދި 3 މީހުންގެ އެސެޓް ނުވަތަ މިލްކިއްޔާތު އެއްކޮށްލުމުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ 48     ޤައުމުގެ GDP އާ ނުބައްދަލެވެ.
    ސުވާލަކީ، އެމީހުން  މި ކުރިއެރުން ހޯދީ ކިހިނެއްހެއްޔެވެ؟ 6.5 ބިލިޔަނަށްވުރެ ބޮޑު އާބާދީއެއް އޮތް މި އަދުގެ ދުނިޔޭގައި ދެބައިކުޅަ އެއްބައި މީހުން މި އަދުވެސް ތިބީ ހައިހޫނުކަންމަތީގައެވެ.  ބޯހިޔާވަހިކަމެއް ނެތެވެ. އެހެންކަމަށްވަނީނަމަ އެމީހުންނަށް މި މުދާވެރިކަން މިގޮތުގައި ޙައްޤުވެގެންވޭހެއްޔެވެ؟ އެމީހުން އަދާކުރަންޖެހޭ އިޖްތިމާޢީ އިންސާނީ ޙައްޤުތައް ކޮބައި ހެއްޔެވެ؟  ފުންކޮށް ވިސްނާލާއިރު، މި ޒަމާނުގައިވެސް ފެންނަނީ ހަކުރާ ޖަހައިގެން ކާށި ކާ މީހުން މަދަސް، މަކަރާ ޖަހައިގެން ދުނިޔެކާ މީހުންގެ ޢަދަދު ގިނަކަމެވެ.

    2-    ދުނިޔޭގެ މޮޅު ކާނާޔަކީ،  ޣަދަރާ ޚިޔާނާތްތެރިކަމޭ

                  އެކަމުން އަނދާ އަޅިޔަށްވަނީ، ލޯތްބާ   އަމާނާތްތެރިކަމޭ

    ޚިޔާނާތްތެރިވުމަކީ އަމާނާތްތެރި ނުވުމެވެ. ޣަދަރުވެރިވުމަކީ، ތެދުވެރި ނުވުމެވެ. މި ދެސިފަޔަކީވެސް ދުނިޔޭގެ އެންމެ އިސް މަޤާމުތަކާ ހަމައިން ފެންނަމުންދާ ދެސިފައެވެ. ގިނަބައެއްގައި ހުންނަ ދެސިފައެވެ. ޢިރާޤު މިނިވަންކުރުމުގެ ނަމުގައި އެމެރިކާއިން ޢިރާޤުގައި ހިންގި ޢުދުވާނުގައި އޭރު އދ. ގެ ސެކްރެޓްރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ކޯފީ އަނާނުގެ ދަރިކަލުންގެ ކިބައިންވެސް މި އައިބު ދެސިފަ ފެނިގެން ދިޔައެވެ. ''ތެލުގެ ބަދަލުގައި ކާނާއާއި ބޭސް'' މި ޝިޢާރުގެ ދަށުން ހިންގި ޕްރޮގްރާމުގެ ފައިސާގައި އޭނާ ޖެހިވަޑައިގަތްވާހަކަ މަޝްހޫރުވެގެންދިޔައެވެ. ކޮރަޕްޝަނަށް ބަލާއިރު ދުނިޔޭގައި އެންމެ ކޮރަޕްޓް ޤައުމެއްގެ ގޮތުގައި ވޯލްޑްބޭންކުގެ ރިޕޯޓެއްގައި ފާހަގަ ކޮށްފައިވަނީ އިސްލާމީ ޤައުމެއްކަމުގައިވާ ނައިޖީރިޔާއެވެ. ނައިޖީރިޔާއަކީ، އެގައުމުގެ ރައްޔިތުންނަށް ކާނާއާއި ބޯފެނުގެ ދަތިކަން އޮތް ގައުމެކެވެ. ކުޑަކުދިންނަށް ޖެހޭ ތަފާތު ބަލިތަކުގެ މައްސަލަ ކުރިމަތިވެފައިވާ ޤައުމެކެވެ. ޢިރާޤުގެ މުޅި ރައްޔިތުންނަކީ، މިއަދު ހާލުގައިޖެހިފައިވާ ބައެކެވެ. މީން އެނގެނީ، ޚިޔާނާތްތެރިކަމާއި ޣަދަރުވެރިކަން އާންމުވުމަކީ، އިންސާނީ ކުލުނާއި ލޯބި ނެތިގެންދާ ކަމެއްކަމެވެ. އާމާނާތްތެރިކަން ނެތިގެންދާ ކަމެއްކަމެވެ.
    ދުނިޔޭގައި ކަންހިނގާ އާންމު އުސޫލަށް ބަލާއިރު ޣަދަރާއި ޚިޔާނާތްތެރިކަން މިއަދުވަނީ ގިނަ ބައެއްގެ އިރުކޮއްތުކަމުގައިވެފައެވެ. މާނަޔަކީ، ތިންއިރު ކާ ކެއުމަކީވެސް މިހާރު މި ޚިޔާނާތުން ހޯދި ފޯރުންތެރިކަމުގެ އެހީގައި ލިބިގަންނަ އެއްޗަކަށްވެއްޖެއެވެ. އިސްލާމީ ގައުމުތަކުގެ ޙާލަތު ބަލައިލުމުން މިކަމަށް ދަލީލު ލިބިގެންދާނެއެވެ. ވޯލްޑްބޭންކުގެ އިސްވެދެންނެވުނު ރިޕޯޓް ބުނާގޮތުން ދުނިޔޭގެ ކޮރަޕްޓް ގައުމުތަކުގެ  3ވަނައިގައި ހިމެނިފައި އޮތީ ރަޙްމަތްތެރި އިސްލާމީ މެލޭޝިޔާއެވެ. 
    ޚިޔާނާތްތެރިވަނީ އެނެކުންގެ މައްޗަށް ލޯބި ނުހުންނާތީއެވެ. ކީރިތި ރަސޫލާ ހިޖުރަޔަށް ވަޑައިގެންނެވިރޭ މުޝްރިކުންގެ މުދާ އަމާނާތްތެރިކަމާއެކު އެމީހުންނާ ހަވާލު ކުރެއްވުމަށް ސައްޔިދިނާ ޢަލީގެފާނާ ހަވާލުކުރެއްވުމުގައި ހިމެނޭ އެއްސަބަބަކީ، އެމީހުންގެ މައްޗަށް އެކަލޭގެފާނުގެ ހިތްޕުޅުގައި އުފެދިފައިވާ މަތިވެރި ރަޙުމާއި ލޯތްބެވެ.  އެހެނީ އެކަލޭގެފާނަކީ '' އައްރައޫފުއްރަޙީމް'' އެވެ.

    3-    ދުނިޔޭގެ އަތުގެ ސަލާމަކީ،  ޡުލްމާއި އަނިޔާވެރިކަމޭ

                   އެކަމުން މޮޑެވި ވެއްޔަށްވަނީ،  އަމްނާ ސަލާމާތްތެރިކަމޭ

    މީޑިޔާ މެދުވެރިކޮށް ޚަބަރުތައް ބަލަމުންދާއިރު، ދުނިޔޭގެ ސިޔާސީ މަސްރަޙުން ވަރަށް ހެއްވާ މަންޒަރެއް ފެންނާނެއެވެ. ގައުމުތަކުގެ ވެރިން ހިނިތުންވެ އަތާއަތްޖޯޑުކޮށް ސަލާމްކުރާމަންޒަރެވެ. ބަދަހި އެކުވެރި ގުޅުންތަކުގެ ރަމްޒެއްގެ ގޮތުންނެވެ. މި ސަލާމް އިސްރާއީލުގެ ވެރިންނާއި ފަލަސްޠީނުގެ ވެރިންގެ މެދުގައިވެސް ކުރެވޭތަންފެނެއެވެ. އެމެރިކާގެ ރައީސްގެ އަތްޕުޅުވެސް ހަމަ އެފަދައެވެ. ހުރިހާ ގައުމެއްގެ ވެރިންގެ މެދުގައިވެސް މިކަން އޮވެއެވެ. އެހެންނަމަވެސް އެއާ ވިދިގެން ދެން ކިޔާ ޚަބަރުގައި ހަމަ އޭގެ އެއް ޤައުމު އަނެއްޤައުމަށް ހަމަލާ ބަދަލުކުރިވާހަކަ ގޮވާނެއެވެ. ކުޑަ ކުދިންނާއި އަންހެނުން މަރުވިވާހަކަ ގޮވާނެއެވެ. އެހެންކަމަށްވާނަމަ މި ސަލާމުގެ މާނަޔަކީ ކޮބައި ހެއްޔެވެ؟ އަނިޔާއާއި ބޭއިންސާފު ނޫންހެއްޔެވެ؟  ހަމަ އާދައިގެ ދުޝްމަނާގެވެސް ޢަމަލު ހުންނަނީ މިހެނެވެ. ވަޅި ހެރިޔަސް ހަރަނީ ސަލާމަށް އަތްދިއްކޮށްފައެވެ.  މިފަދަ ޢަމަލުތަކުގެ ނަތީޖާއަކީ،  ދުނިޔޭގެ އަމްނު އަމާންކަމާއި ސަލާމަތްތެރިކަން ނެތިގެންދިޔުމެވެ.

    4-    ދުނިޔޭގެ ހިތުގެ ''އަރާމަކީ'' ޖިންސާއި ޝަހުވަތްތެރިކަމޭ

                     އެކަމުން ކަފުންވެވެމުންދަނީ،  އަބުރާއި ޢިއްފަތްތެރިކަމޭ

    މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވީ އޭނާ އުޅެންވީ ޠާހިރު މަގުދައްކަވާފައެވެ. އެކަމަށްޓަކައި އެތައް ރަސޫލުންނެއް، ނަބިއްޔުއްނެއް ފޮނުއްވިއެވެ. އެކަމަކު މި ދުނިޔޭގައި އިންސާނާ ވެފައިވަނީ ޝަހުވަތްތެރިކަމުގެ އަޅަކަށެވެ. ސަލާމްލެއްވި ނޫޙުގެފާނު 950އަހަރު ދީނަށް ގޮވާލެއްވީމާވެސް އެކަލޭގެފާނަށް ތަބާވިކަމަށް ބުނެވެނީ އެންމެ 9 މީހުންނެވެ.އިންޓަރނެޓުގެ %70 އަކީ ބަދުއަޚުލާޤަށް ހިތްވަރުދޭ ފަދަ ފާޙިޝް އުފެއްދުންތަކެވެ. ބައެއް ގައުމުތަކުގައި ވިޔަފާރި އިންޑަސްޓްރީއެއްގެ ގޮތުގައި ފާޙިޝް ޢަމަލުތައް ޕްރޮމޯޓްކުރަމުންދެއެވެ. ތައިލެންޑުގެ ބެންކޮގެ %58 އަންހެނުންނަކީ، ކަސްބީންނެވެ. ދެކުނު އެފުރިކާގެ ނިޞްބަތަކީ %75 އެވެ. ކެނެޑާގައި %74އެވެ. އަދި ކޮލަމްބިޔާގެ %86 އަންހެނުންނަކީ، ކަސްބީންނެވެ. ބަޔަކުމީހުންނަށް މިކަންކަމަކީ ހިތަށް ހަމަޖެހުން ގެނެސްދޭ ޢަމަލުތަކެއްކަމުގައި ހީކުރެވުނަސް، ނަތީޖާއަކީ އެތައް ބައެއްގެ ޢިއްފަތްތެރިކަން ގެއްލުމެވެ. އަބުރުވެރިކަން އޮޔާލުމެވެ. އޭޑްސްއާ ތަފާތު ބަލިތަކުގެ ވަބާތައް އާންމުވެ އަހަރަކު އެތައް މިލިޔަން އިންސާނުންނެއް ހިތްދަތިކަމާއި ގިލަންވެރިކަން އިޙްސާސްކުރަންޖެހުމެވެ. 
    ދިރާސާތަކުން ދައްކާގޮތުގައި ފާޙިޝް ޢަމަލުގެ ވިޔަފާރީގެތެރޭގައި  ދުނިޔޭގައި އުޅޭ އަންހެނުންގެ ތެރޭން %82 އަކީ، ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ބޮޑެތި ގެއްލުންތައް ތަޙައްމަލްކުރަމުންދާ ބައެކެވެ. ހިތްދަތި ވޭންތައް އިޙްސާސްކުރަމުންދާބައެކެވެ. ހަމަ އެހެންމެ އެއްވެސް މުޖުތަމަޢެއްގައި އެއީ ކުޑަވެސް އިޙްތިރާމެއް ލިބިގެންވާ ބައެއް ނޫނެވެ. އެހެންކަމުން އޭގެތެރޭން %87 މީހުން މި ހަލާކުން ދުރުހެލިވާން ބޭނުންވެއެވެ.

    5-    ދުނިޔޭގެ ޒާތީ މަޖަލަކީ،    ޤަތުލާ އިހާނާތްތެރިކަމޭ

                އެކަމުން ފަނާވެ އެ ނެތިދަނީ، ނަސްލާ  ކާރާމާތްތެރިކަމޭ

    ދުނިޔޭގައި އެންމެ ފުރަތަމަ އުފެދުނު ފިތުނަވެސް ނިމިގެން ދިޔައީ ޤަތުލަކުންނެވެ. ސަލާމްލެއްވި އާދަމުގެފާނުގެ ދެބޭފުޅުންކަމުގައިވާ ޤާބީލާއި ހާބީލާ ދެމެދު އުފެދުނު ފިތުނަ އެވެ.  ޤާބީލްގެ އަތްޕުޅުން ހާބީލް އަވަހާރަކޮށްލެވުނެވެ. ޤާބީލްގެ ހިތްޕުޅަށް ހަމަޖެހުމެއް އައީ މަރުގެ މި ޢަމަލުން ޙާޞިލްވި  ނަތީޖާއަށްފަހުގައެވެ.
    ދެވަނަ ބޮޑު ހަނގުރާމައިގައި ހަމަ އެކަނި ޗައިނާއާއި ޗައިނާޔާ ގުޅުނު ސަރަހައްދުތަކުންވެސް 3.5 މިލިޔަން ސިފައިން މަރުވެގެންދިޔައެވެ. އާންމުންގެ 10.2މިލިޔަންމީހުން މަރާލެވުނެވެ. ޖަރުމަނުގެ 3.5 މިލިޔަން ސިފައިން މަރުވިއިރު، އާންމުންގެ 3.8 މިލިޔަންމީހުން މަރާލެވުނެވެ. އެމެރިކާ ސިފައިންނަށް އެންމެ މަޖަލާއެކު ދެއަތް ދެއަތާއެކު ޖަހާލެވުނީ ހީރޯޝީމާގެ ލާއިންސާނީ ޢަމަލަށްފަހުގައެވެ.  ތިންބުޝްގެ ތުންފަތްޕުޅަށް އެންމެ ތަނަވަސް ހިނިތުންވުމެއް އައީ ޞައްދާމު ޙުސައިންގެ ދެދަރިކަލުންކަމުގައިވާ ޢުދައްޔާއި، ޤުޞައްޔު އަވަހާރަކޮށްލެވުނުތާ ދުވަސްގަނޑެއްފަހުން، ޞައްދާމު ޙުސައިން ވެސް  ދަންޖައްސާ އަވަހާރަ ކޮށްލެވުމުންނެވެ. އެހެންވީމާ އިހާނެތި ޤަތުލުތަކާ އެފަދަ ޢަމަލުތަކުގެ ސަބަބުން އިންސާނީ ނަސްލު ނެތިގެންދަނީއެވެ. އިންސާނީ ކާރާމާތުގެ އަގެއްނެތެވެ. އެކަމަކު މިއީ މި ޢަމަލުތައް ހިންގާ ފަރާތްތަކަށް  އެންމެ މަޖާ އެންމެ ހިތްގައިމު މަންޒަރުތަކެވެ.

    6-    ދުނިޔޭގެ ތާޖާ ތަޚުތަކީ،  މުދަލާއި، ފޯރުންތެރިކަމޭ

                އެކަމުން ފެނަށް ގިރިގެންދަނީ، ޢަދުލާއި، އިޙްސާންތެރިކަމޭ

    ތާޖަކީ، ކީރިތިކަމާއި މޫރިތިކަމުގެ ރަމްޒެކެވެ.  ތާޖުން ރަމްޒުކޮށްދެނީ ޢިއްޒަތްތެރިކަމާއި މާތްކަމެވެ. ތަޚުތަކީ، އާރާ ބާރުގެ ރަމްޒެކެވެ. ތަޚުތުން ރަމްޒުކޮށްދެނީ ނުފޫޒާއި ބާރުވެރިކަމެވެ. ހައިބަތްތެރިކަމެވެ. ހުރިހާކަމެއް ފުދިގެންވުމެވެ. މުދާވެރިކަމާއި، ފޯރުންތެރިކަން ލިބިއްޖެނަމަ އެމީހަކަށް އެވަނީ ޢިއްޒަތްތެރިކަންވެސް ލިބިފައެވެ. ބާރާ ނުފޫޒުވެސް ލިބިފައެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މުޅި ދުނިޔޭގައިވެސް އެންމެ މުއްސަނދި ރައުސުލްމާލެއް އޮތީ ތިބާގެ އަތުގައި ކަމަށްވެއްޖެ ހިނދެއްގައި ތިޔައީ ދުނިޔޭގެ ރަސްގެފާނެވެ.
    ރޮށިފިހާ މީހަކު އޭނާގެ ދޭފަތުން ރޮށި އެއްފުށުން އަނެއްފުށަށް ޖަހާ ބީދައިން، ތިބާގެ ފައިސާވެރިކަން ބޭނުންކޮށްގެން މުޅި ދުނިޔެ ތިބާ ބޭނުން އަތަކަށް ފުރޮޅިދާނެއެވެ. އެކަމަކު އެފަދަ ޙާލަތެއްގައި ޢަދުލު އިންސާފު ނެތިދާނެއެވެ.  އެމެރިކާއަކީ، ތާރީޚެއް ޘަޤާފަތެއް އޮތް ގައުމެއް ނޫނެވެ. އެކަމަކު ބާރާއި ނުފޫޒު އޮތް ޤައުމެކެވެ. ވަސީލަތަކީ ފައިސާއެވެ. ފުދުންތެރިކަމެވެ. ނަތީޖާއަކީ، އަދުގެ ދުނިޔެއަށް އެމީހުން ބޭނުން ގޮތެއް ހަދަމުންދާކަމެވެ. ބައެއް ތަންތާނގައި މަހާނަ ހަދަމުން،  ބައެއް ތަންތާނގައި ކާނިވާ ހަދަމުން މުޅި ދުނިޔޭގެ މައްޗަށް ގަދަބަސް ބުނަމުންދާއިރު، ދުނިޔެ މިއޮތީ ޗުއްޕުވެސް ބުނަންނުކެރިފައެވެ. 

    7-    ދުނިޔޭގެ ދުލުގެ ދުޢާޔަކީ،   ޖަދަލާ ޢަދާވާތްތެރިކަމޭ

                     އެކަމުން މަރުވެ ވެއްޔަށްވަނީ،  ރަޙުމާ އުޚުއްވަތްތެރިކަމޭ

    ދޭދޭ ދެމީހުންގެ މެދުގައިވެސް ހިނގާ ކަމެކެވެ. ވަރަށް ގިނަ ޖަލްސާތަކުންވެސް އިވޭނެ އަޑެކެވެ. އެކި ކަހަލަ އެކި ފެންވަރުގެ ބައްދަލުވުންތަކުންނެވެ. މަތީ ފެންވަރުގައާއި، މެދުފެންވަރުގައާއި ދަށުފެންވަރުގައެވެ.  ވާހަކަ ކޮޅު ނިންމާލަމުން ބައެއްފަރާތްތަކަށް ހެޔޮ އެދުމުގެ ޝުޢޫރުތަކާ ދުޢާތައް ރައްދުކުރެއެވެ. ބައްދަލުވުމުންނާއި ވަކިވަމުންވެސް މި ޝުޢޫރުތައް ފާޅުކުރެއެވެ. އެކަމަކު އެ ޢިބާރާތްކޮޅު ފިޔަވައި ދެކެވުނު ވާހަކަތަކުގައި އާންމުކޮށް އޮންނާނީ ބަހުގެ ޙަމަލާތައް ދިނުމެވެ. ޖަދަލުކުރުމެވެ. ތިމާގެ މޮޅުކަން އެހެންމީހުނަން ދައްކައިދެވޭތޯ މަސައްކަތްކުރުމެވެ. ނަތީޖާއަކީ ޢަދާވާތްތެރިކަމުގެ ހުޅުގަނޑު ރޯވުމެވެ. ރަޙްމަތްތެރިކަމުގެ ގުޅުމަށް ބުރޫއެރުމެވެ.  ރަޙިމުގެ ގުޅުންކެނޑުމެވެ.  އުޚުވަތްތެރިކަމުގެ ރޫޙުމަރުވެ ބަރުބާދުވުމެވެ. 

    8-    ދުނިޔޭގެ ވަގުތާ ޢުމުރަކީ،   ވަހުމާއި ވަސްވާސްތެރިކަމޭ

                      އެކަމުން ހަލާކުވެގެންދަނީ،  ޝަރަފާ  ޢިބާދާތްތެރިކަމޭ   

    ދުނިޔޭގެ ޢުމުރަކީ، 10 ބިލިޔަން އަހަރުކަމަށް ސައިންސްވެރިން ލަފާކުރައްވައެވެ. އޭގެތެރޭން 4.5 ބިލިޔަން އަހަރު ފާއިތުވެއްޖެ ކަމަށްވެސް ލަފާކުރައްވައެވެ. މިއީ މާދިގު މުއްދަތެއްކަމަށް ބައެއް މީހުންނަށް ހީކުރެވެއެވެ. އަދި މީގެ ތެރޭން، ދުނިޔޭގައި ދިރިއުޅެން އާންމު އިންސާނަކަށް މިލިބޭ ފަސްދޮޅަހަކަށް އަހަރުގެ ދިގުކަމާ މެދުވެސް ފަޚުރުވެރިވެވެއެވެ. އެހެންނަމަވެސް މިއީ ކުށް ހީތަކެކެވެ. ވަހުމާއި ވަސްވާސްތަކެކެވެ. އިންސާނާގެ ޢުމުރުގެ ތެރޭން ޅަފަތުގެ ޢުމުރާއި، މުސްކުޅި ޢުމުރާއި، ބަލިހާލުގައިވާ ދުވަސްތަކާއި، ނިދީގައިވާ  ވަގުތުތައް ކަނޑާލައިފި ނަމަ އޭނާ މިބިމުގައި ހަމަ ނޭވައެއްލާން ލިބެނީ ކިހާ ވަގުތުކޮޅެއްތޯ ނިކަން ހިސާބު ކޮށްލައްވަ ބައްލަވާށެވެ! މި ގޮތަށް ފިކުރު ނުކުރައްވާނަމަ، ބޭކާރު ޢަމަލުތަކުގައި ތިމާގެ ޝަރަފު އޮޔާލެވިދާނެއެވެ. މާތް ﷲ އަށް އަޅުވެތިވުމުގެ ވާޖިބަށް އިހުމާލުވެވިދާނެއެވެ. ބުއްދިވެރިންގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ގެއްލިގެން ހިނގައިދާނެއެވެ. 

    9-    ދުނިޔޭގެ އާންމު ޝިިޢާރަކީ،   ކިބުރާއި އާފާތްތެރިކަމޭ

                     އެކަމުން ޙަޔާތާ ވަކިވަނީ،    އަގަލާއި ޙުރުމަތްތެރިކަމޭ   

    މިހާރު މި ޅެމުގެ މަސައްކަތްކުރަމުން ދާއިރުވެސް، މުޔައްމާޔަށް އެރި ބާރުގަދަ ޠޫފާނެއްގައި 2.5 މިލިޔަން މީހުން ހާލުގައި ޖެހިފައި އެބަތިއްބެވެ. 128000 (އެއްލައްކަ އަށާވީސް ހާސް) މީހުން މަރުވެގެންދިޔައެވެ. ރިކްޓަރ މިންގަނޑު 7.8ގައި ޗައިނާއަށް އައި ބިންހެލުމެއްގައި ބައިލައްކައަށްވުރެ ގިނަ މީހުން މަރުވެގެން ދިޔައެވެ. 2.8 މިލިޔަން މީހުން ހާލުގައި ޖެހިފައި އެބަތިއްބެވެ. މިއީ ދުނިޔޭގެ މުޞީބާތްތަކާއި އާފާތުގެ ކުޑަކުޑަ ދެ މިސާލެވެ. އެކަމަކު އިންސާނުންގެ ކިބުރުވެރިކަން ހުރި މިންވަރު ދެކޭށެވެ. މުޔައްމާާޔަށް އެހީދިނުމަށް ބޭނުންވާ  ބޭރުގެ ފަރާތްތަކުން އެގައުމަށް އައުމުގެ ހުއްދަ އެގައުމުގެ އަސްކަރީ ސަރުކާރަކުން ނުދިނެވެ. ކިބުރުވެރިކަމާއި ބޮޑާކަމުގެ ސަބަބުން އިންސާނީ ކުލުނާއި އަގަލުކެނޑިފައިވާކަމުގެ މިއީ ކިހާ ރީތި މިސާލެއް ހެއްޔެވެ؟ 26 ޑިސެމްބަރ 2004ގައި ކުރިމަތިވި ސުނާމީ ކާރިސާގައި އެހީތެރިވުމަށް ރާއްޖެއައި، ބޭރުގެ  ބައެއް ފަރާތަކުން ހާލުގައި ޖެހިފައިވާ މީހުންގެ މެދުގައި ނަޞާރާދީން ފަތުރަން މަސައްކަތްކުރިއެވެ. އެހެންމީހުންގެ ޝުޢޫރުތަކަށް ކުޑަކޮށްވެސް ޙުރުމަތެއް ދޭނަމަ މި ފަދަ ދަނޑިވަޅެއްގައި އެމީހުންގެ އަމިއްލަ މި ފަދަ އެޖެންޑާއެއް ކުރިޔަށް ނެރޭނެތޯއެވެ؟

    10- ދުނިޔޭގެ އަސްލު މަޤާމަކީ،   ކުންޏާއި ޢިބްރަތްތެރިކަމޭ

                   އެކަމުން ލިބެންހުރި އުފަލަކީ، ޖަންނަތުގެ ޢިއްޒަތްތެރިކަމޭ

    އިސްވެދެންނެވުނު ތަފާތު ނުބައި އޮއިވަރާއެކު ދުނިޔެއޭ މިކިޔާ ބޯޅައިގެތެރޭގައި އިންސާނާ ފުރޮޅެމުންދާއިރު، ޙަޤީޤަތުގައި މި ދުނިޔެއަކީ ކޮންތަނެއްހެއްޔެވެ؟  ޚިޔާނާތާއި، ޢަދާވާތާއި، ޝަހުވަތާއި، ކިބުރުވެރިކަމާއި، މިފަދަ ކަންކަމުން މީރުކަމެއް ލިބެން އޮތްތަނެއް ހެއްޔެވެ؟ ނޫނެކެވެ. އެއްގޮތަކަށްވެސް އެހެނެއް ނޫނެވެ. ޙަޤީޤަތުގައި މި ދުނިޔެއަކީ އާޚުރަތުގައި ލިބެންހުރި އުފާތަކާ އަޅާބަލާއިރު، ހަމަ ކުނިގަނޑެކެވެ. ނުވަތަ ކުނިގޮނޑެކެވެ. ކީރިތި ރަސޫލާގެ މާތް ޙަދީޘްފުޅެއްގެ މާނައިގައި އޮންނަ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. '' ދުނިޔެއަކީ ކުނިތަކެކެވެ. އެއަށް ދަހިވެތިވާނީ ކުއްތާތަކެވެ.'' 
    އެހެންވީމާ، މި ދުނިޔެއަކީ ފިލާވަޅުގެ ގޯއްޗެކެވެ. އަނިޔާވެރިކަމާއި  ފުރެދުންތެރިކަން ކުރިޔަށް ނެރެންވި މައިދާނެއް ނޫނެވެ. މި ދުނިޔޭގައި ހެޔޮކަންތައްތައްވެސް ލައްވާފައިވެއެވެ. ނުބައިކަންތައްތައް ފެތުރިފައިވާލެއް ވެސް އެހާމެ ގިނައެވެ.  ދުނިޔޭގެ މި ޠަބީޢަތުން ފިލާވަޅު ލިބިގަނެ ޢިބްރަތް ހާޞިލްކުރަންޖެހެއެވެ. ޢަމަލުތައް ހަރުދަނާކޮށް ސީދާކުރަންޖެހެއެވެ. رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ އޭ ދަންނަވަމުންނެވެ. މި ގޮތުގައި ދުނިޔެ ދޫކޮށްފި އަޅަކަށް އާޚިރަތުގައި އޮތް އިނާމަކީ ސުވަރުގެއެވެ. ނަބިއްޔުން، ޝަހީދުން، ޞިއްދީޤުންނާއި، ޞާލިހުންނާއެކު އެމާތް ޢިއްޒަތުގައި އުފާކޮށްކޮށް ހުރެވޭނެއެވެ. ނިމުމެއް ނެތް ދިގު އުމުރެއްގައެވެ. އެކަމަށްޓަކައި ގަދަ އަޅައި މަސައްކަތްކުރަން އޮތް ދުނިޔެއަކީ މި ދުނިޔެ އެވެ.
    އެޑިޓަރގެ ނޯޓް: މިލިޔުމަކީ އަލްއުސްތާޒު އާދަމް ނަސީރު އިބްރާހީމް 19 ޖަނަވަރީ 2009ގައި ލިޔުއްވާ ފަންވަތް ވެބްސައިޓް https://fanvai.info ގައި ޝާއިއު ކުރައްވާފައި ލިޔުމެކެވެ. މިލިޔުން ބަހަވީ ބޭނުމަށްޓަކައި މިނޫހަށް ނަގުލުކުރީ އަސްލަށް އެއްވެސް ބަދަލެއް ނުގެނަސް އޮތް ގޮތަށެވެ.
    ]]>
    Mon, 19 Dec 2022 18:30:50 +0500 ހީރަސް
    އައްޑޫ 8000 ޓޫރިސްޓް އެނދާއެކު ދުނިޔެއަށް ހުޅުވުން https://heerasnews.com/815 https://heerasnews.com/815 އައްޑޫގައި 8000 ޓޫރިސްޓް ބެޑް އުފައްދާ ވާހަކައަކީ ސަމާސާ ވާހަކައެއް ނޫނެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ތެރެއަށް ޓޫރިޒަމް ގެންގޮސް އޭގެ ހެޔޮ ނަފާ އައްޑޫ ރައްޔިތުންނަށް ހޯދާ ދިނުމަކީ ރައީސް ސާލިހުގެ އެންމެ ބޮޑު އެއް އަމާޒެވެ. އެ އަމާޒަށް ވާސިލު ވުމަށް ކުރައްވަން ހުރި ކަންކަން ކެނޑިނޭޅި ކުރައްވަމުން އެބަ ގެންދަވައެވެ.

    ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފަތުރުވެރި ކަމަށް ފަހި ދުނިޔޭގެ ފެންވަރުގެ އެއަރޕޯޓަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އައްޑޫ ސިޓީ ގަން އެއަރޕޯޓަކީ ބޭރު ދުނިޔެއިން ސިދާ ފުލައިޓްތައް އަންނަ ތަނަކަށް ހެދުމަށް ކުރަންޖެހޭ ކަންވެސް އަންނަނީ ކުރަމުންނެވެ. މިހާރު ވެސް ފްލައިދުބާއީ  އައްޑޫއަށް ސިދާ ދަތުރުތައް ފެށުމަށް އޮތީ ހަމަ ޖެހިފައެވެ.

    ފްލައިދުބާއީގެ ފްލައިޓްތައް އައްޑުއަށް ސީދާ ދަތުރުތައް ފަށާއިރު އޭގެން އަންނަ ފަތުރުވެރިންނަށް އަހުލުވެރި މާހައުލަކަށް އައްޑޫ ހެދުމަށް މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކޮށް ނިންމުމަށް އައްޑޫ ސިޓީ ކައުންސިލުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންވެ. އެގޮތުން ރެސްޓޯރެންޓްތައް އަޕްގްރޭޑް ކުރުމާއި، ފަތުރުވެރިންނަށް ހާއްސަ ބީޗް ތަކެއް ތަރައްގީ ކުރުމުގެ މަސައްކަތް ޖަމާއަތުގެ ފެންވަރުގައި ކުރެވެމުން އެބަ ދެއެވެ.


    އައްޑޫ ސިޓީގައި މިހާރު ހުރީ ޖުމްލަ 1506 ފަތުރުވެތި އެނދެވެ. އޭގެތެރެއިން 1086 އެނދު ހުރީ އެ ސަރަހައްދުގައި އޮތް 3 ރިސޯޓްގައެވެ. ބާކީ ހުރި އަނެއް 420 އެނދު ހިއްސާ ކުރަނީ 156 އެނދުގެ ސިޓީ ހޮޓަލަކުންނާއި 264 އެނދު ހިއްސާކުރާ 18 ގެސްޓްހައުސްއިންނެވެ. އާނއެކެވެ. އެންމެ 1506 އެނދަކީ ނަފާވެރި ފަތުރުވެރި ކަމަކަށް އައްޑޫ ސިޓީއަށް އެކަށީގެންވާ މިންވަރެއް ނޫނެވެ. ހަމަ އެހެންމެ އެނދު މަދުވުމަކީ އައްޑޫ ސިޓީއަށް ދުނިޔޭގެ ކަންކޮޅު ތަކުން ފްލައިޓްތައް އައުމަށް ހުރަސް އެޅޭ އެއް ސަބަބެވެ.

    ފަތުރުވެރި ކަމަށް ހާއްސަކޮށްގެން އައްޑޫ ސިޓީއަށް 8000 އެނދު އިތުރު ކުރުމުގެ ޕްރޮގްރަމެއް ރާވާ ހިންގަން ރައީސް ސާލިހު ނިންމެވީ އެހެން ވެގެންނެވެ. 8000 އެނދުގެ ޕްރޮގްރާމް ކާމިޔާބު ކުރުމަށް ވަށާޖެހޭ ގޮތަށް ކުރަން ހުރި ހުރިހާ ކަމެއް ރޭވުންތެރި ކަމާއެކު ސަރުކާރުން އެބަކުރެއެވެ.

    ސަރުކާރުން އައްޑޫ ސިޓީގައި 8000 އިތުރު ކުރަން ހިންގަން ރާވާ ކުރިއަށްދާ އެތައް ޕްރޮޖެކްޓެއް އެބަ އޮތެވެ. ހަންކެޑެ ޕްރޮޖްކްޓްއާއި ޓޫރިޒަމް ޒޯން ޕްރޮޖެކްޓް އެވެ. ކުރޫޒް ޓަރމިނަލް އާއި ސަންސެޓް ބީޗްއެވެ. ދޫގަސް އެއަރޕޯޓް ހޮޓެލްއާއި މާރަނގަ އެއަރޕޯޓް ހޮޓެލްއެވެ. ބިން ހިއްކައިގެން ތަރައްގީކުރާ އިތުރު 5 ރިސޯޓެވެ.

    އައްޑޫ ސިޓީއަށް އިތުރު ކުރާ ޓޫރިސްޓް ބެޑުތައް އިތުރު ވެގެން ދާނެ ގޮތް ވެސް އޮތީ ކަނޑައަޅާ ނިމިފައެވެ. ހުވަނެއްގެ ގޮތުގައެއް ނޫނެވެ. އަމާޒަށް ވާސިލުވުމަށް އެކި މަރުހަލާގައި މަސައްކަތްތައް ބާރަށް ކުރިއަށް އެބަދެއެވެ. އައްޑޫ ސިޓީއަށް 8000 ފަތުރުވެރި ބެޑް އިތުރު ވެގެން ދާނީ އަންނަނިވި ގޮތުގެ މަތިންނެވެ.

    • ހަންކެޑެ ޕްރޮޖްކްޓް: 2400 އެނދު
    • ޓޫރިޒަމް ޒޯން ޕްރޮޖެކްޓް: 5100 އެނދު
    • ކުރޫޒް ޓަރމިނަލް: 300 އެނދު
    • ސަންސެޓް ބީޗް: 240 އެނދު
    • ދޫގަސް އެއަރޕޯޓް ހޮޓެލް: 260 އެނދު
    • މާރަނގަ އެއަރޕޯޓް ހޮޓެލް: 100 އެނދު
    • ބިން ހިއްކައިގެން ތަރައްގީކުރާ 5 ރިސޯޓް: 1000 އެނދު 

    އައްޑޫ ޓޫރިޒަމް ޒޯނުން ޝައުގުވެރިކަން ހުރި ފަރާތް ތަކަށް ބިން ދޫކޮށް ގެސްޓް ހައުސްއާއި ސިޓީ ހޮޓާތައް ތަރައްގީ ވެގެން ދާނެއެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ކުރުމަށް 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް އެސް.އެމް.އީ ބޭންކުން ތައާރަފްކޮށް އައްޑޫ ޓޫރިޒަމް ޒޯނުގައި ގެސްޓްހައުސްއާއި ސިޓީ ހޮޓާ އަޅަން މާލީ އެހީ ފޯރުކޮށްދީ، " އައްޑޫ ސްޓޭޓަސް އެންޑް ސްޓޭކް ހޯލްޑަރ އެންގޭޖްމަންޓް" ގެ ތެރެއިން އިގްތިސާދީ ފަހިކަން އިތުރުވެގެން ދިޔުމަކީ ހުވަފެނެއް ނޫނެވެ.

    އައްޑޫ ސިޓީ ނަފާވެރި އުފާވެރި ތަނަކަށް ހެދުމަށް ބޭނުންވަނީ ސަރުކާރަށް އައްޑޫ ރައްޔިތުންގެ އިތުބާރާއި އެއްބާރުލުމެވެ. ރައީސް ސާލިހުގެ އަމާޒު ހަގީގަތަކަށް ހެދުމަށް އައްޑޫ ރައްޔިތުން ރައީސް ސާލިހާ އަތުގުޅާލުމެވެ. 

    ]]>
    Mon, 19 Dec 2022 16:52:53 +0500 ހީރަސް
    ފެނަކައިގެ ކަމިޔާބީ: އިއްޔެވެސް އައު ތިން އިންޖީނުގެ https://heerasnews.com/814 https://heerasnews.com/814 ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ޒަމާނީ ފެންވަރަށް ގެނެސް އެ ރަށަކަށް ބޭނުންވާ ކަރަންޓް ރައްކާތެރި ކަމާއެކު އެރަށެއްގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ފެނަކަ ޓީމުގެ އަމާޒެވެ. އެ ކުންފުނިން ކެނޑިނޭޅި ކުރާމަސައްކަތުގެ ހެޔޮ ނަތީޖާ ރަށްރަށުގެ ރައްޔިތުންނަށް ހޯދާ ދިނުމުގައި އާބާދީގެ ކުޑަ ބޮޑު މިނަށް ނުބަލައެވެ.

    ރައްޔިތުންނަށް އަސާސީ ހިދުމަތް ކަށަވަރުކޮށް އަމާން ޖަޒީރާ ދިރިއުޅުމަކަށް ރައީސް ސާލިހު ކުރައްވާ ހެޔޮވެރިކަމުގައި ކޮންމެ ދުވަހަކު އައު ކާމިޔާބީތަކެއް ހޯއްދާވާ ދެއްވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އިސްވެ ހުންނަވައިގެން ފެނަކައިން ގިނަގުނަ މަސައްކަތް ތަކެއް ކުރެއެވެ. ހަމަހަމަ ކަމާއި އެކު ޒަމާނީ ރައްކާތެރި އަމާން ވެއްޓެއްގެ ތެރޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮއް ދިނުމަކީ ފެނަކައިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.

    އިންޖީނުގެ ތަކުން ރަށްރަށުގެ ރައްޔިތުންނަށް ވަމުން އަންނަ އުދަގޫތައް ފިލުވާލާ ރައްޔިތުން ހިތް ހަމަޖެހޭ ވެއްޓެއް ގާއިމު ކޮއްދީ އެކަށީގެންވާ ޒަމާނީ ހިދުމަތެއްގެ ގޮތުގައި ރަށް ރަށުގެ ކަރަންޓްގެ ހިދުމަތް ހެދުމަށް ކާމިޔާބު މަސައްކަތް ތަކެއް އަނެއްކާ ވެސް ކުރެވިގެން ހިގައްޖެއެވެ. އިތުރު ރަށްތަކެއްގައި މުޅީމް އައު އިންޖީނުގެ ތަކެއް ބިނާކޮށް ހިދުމަތްދޭން ފެނަކައިން ފަށައފިއެވެ.  

    މ. ރަތްމަންދޫ އިންޖީނުގެ

    ރަތްމަންދޫގައި ބޭނުންކުރަމުން އައި އިންޖީނުގެއަށް ވަނީ 24 އަހަރުވެ ބޭނުންނުކުރެވޭ ވަރަށް ވީރާނާވެ ބައުވެފައެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި މި އިންޖީނުގޭގެ ސަބަބުން ފެން ތަގައްޔަރުވުމާއި އަޑުގަދަވުމާއި ޖައްވު ތަގައްޔަރުވުމާއި ގެނދަބުޅީގެ އުދަގޫ އިންޖޫގެއަށައި އާއްމު ރައްޔިތުންނަށް ބޮޑެވެ. ރަތްމަންދޫ ބައު އިންޖީނުގެ ބަންދުކޮށް އަޢްމު ރައްޔިތުންނަށް އުދަގޫ ނުވާ ހިސާބުގައި ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ އައު އިންޖީނުގެ 18 ޑިސެމްބަރ 2022 ގައި ހުޅުވާ ހިދުމަތް ދޭން ފެށި ފެށުމަކީ ފެނަކައިގެ ކާމިޔާތަކުން ފާހަގަ ކޮށްލެވޭ ކަމެކެވެ.

    ނ. ފޮއްދޫ އިންޖީނުގެ

    ފޮއްދޫގައި ބޭނުންކުރަމުން އައި އިންޖީނުގެއަށް ވަނީ 19 އަހަރުވެ ބޭނުން ނުކުރެވޭ ވަރަށް ވީރާނާވެ ބައުވެފައެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި މި އިންޖީނުގޭގެ ސަބަބުން ފެން ތަގައްޔަރުވުމާއި އަޑުގަދަވުމާއި ޖައްވު ތަގައްޔަރުވުމާއި ގެނދަބުޅީގެ އުދަގޫ އިންޖޫގެއަށައި އާއްމު ރައްޔިތުންނަށް ބޮޑެވެ. ފޮއްދޫ ބައު އިންޖީނުގެ ބަންދުކޮށް އަޢްމު ރައްޔިތުންނަށް އުދަގޫ ނުވާ ހިސާބުގައި ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ އައު އިންޖީނުގެ 18 ޑިސެމްބަރ 2022 ގައި ހުޅުވާ ހިދުމަތް ދޭން ފެށި ފެށުމަކީ ފެނަކައިގެ ކާމިޔާތަކުން ފާހަގަ ކޮށްލެވޭ ކަމެކެވެ.

    ގއ. ކޮނޑޭ އިންޖީނުގެ

    ކޮނޑޭގައި ބޭނުންކުރަމުން އައި އިންޖީނުގެއަށް ވަނީ 21 އަހަރުވެ ބޭނުންނުކުރެވޭ ވަރަށް ވީރާނާވެ ބައުވެފައެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި މި އިންޖީނުގޭގެ ސަބަބުން ފެން ތަގައްޔަރުވުމާއި އަޑުގަދަވުމާއި ޖައްވު ތަގައްޔަރުވުމާއި ގެނދަބުޅީގެ އުދަގޫ އިންޖޫގެއަށައި އާއްމު ރައްޔިތުންނަށް ބޮޑެވެ. ކޮނޑޭ ބައު އިންޖީނުގެ ބަންދުކޮށް އަޢްމު ރައްޔިތުންނަށް އުދަގޫ ނުވާ ހިސާބުގައި ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ އައު އިންޖީނުގެ 18 ޑިސެމްބަރ 2022 ގައި ހުޅުވާ ހިދުމަތް ދޭން ފެށި ފެށުމަކީ ފެނަކައިގެ ކާމިޔާތަކުން ފާހަގަ ކޮށްލެވޭ ކަމެކެވެ.

    ]]>
    Mon, 19 Dec 2022 13:24:28 +0500 ހީރަސް
    ހުކުމް ފެލައިލާ އެއްވުމުން ފަނޑިޔާރުންނަށް ބިރުދެއްކުން https://heerasnews.com/813 https://heerasnews.com/813 ވ. އާރަށުގެ ވަގު ޑީލާ ގުޅިގެން ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގ އާއި ރިޝްވަތުގެ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތައް މިހާރު އޮތީ ނިމިފައެވެ. ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލިހެވެ. މި ހިނގާ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހުކުމް ކުރާނެ ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

    އަންނަން އޮތް ހުކުމަށް ނުފޫޒު ފޯރުވާ ބިރު ދައްކައިގެން ފަނޑިޔާރުގެ ފެލައިލަން ޔާމީނު އުޅޭތީ އެބަ ފެނެއެވެ. ދައުވާ ލިބޭ މައްސަލައެއްގެ ހުކުމަށް ކުޑަތަން ވެފައި އޮއްވާ ފެލައިލުމުގެ ނަމުގައި ޕީޕީއެމުން އެއްވުމެއް ބޭއްވުމުގެ ބޭނުން ވަރަށް ސާފެވެ. ފަނޑިޔާރުން ފެލައިލައިގެން ބޭނުންވާ ހުކުމެއް ނެރުން ނޫން އެހެން ބޭނުމެއް އެ އެއްވުމުގައި ނެތެވެ. ހުކުމް ފެލައިލާ އެއްވުން އަންނަ ހުކުރަށް ތާވަލުކޮށްފައި އޮތީ ކީއްވެކަން ފަނޑިޔާރުގެ އަކަށް ނުއޮޅޭނެއެވެ.

    ތިމަންނާއަކީ ދެން އަންނަ އޮތް ރައީސް ކަމާއި ހިތް ނޭދޭ ހުކުމެއް އިއްވައިފި ނަމަ ރައީސް ކަމަށް އައިސް ފަނޑިޔާރުންނަށް ކުޅި ދައްކާލާނެ ކަމުގެ އިންޒާރު ދިނުން ނޫން އެހެން އެއްވެސް މަގުސަދެއް އެ އެއްވުމުގައި ނެތެވެ. ޔާމީނާއި ޔާމީނުގެ އައުވާނުންގެ ބަސްމަގު މިހާތަނަށް ހުރި ގޮތުން އެ ނޫން މަގްސަދެއް ނޯންނާނެ ކަން ކިތައްމެ ރަނގަޅަށް ވެސް އެނގެއެވެ. 

    ކާނިވާ ސަރަހައްދަށް ބަޔަކު އެއްކޮށްގެން ފަނޑިޔާރުންގެ މޭ ބޮޑު ކުރެވި ދާނެ ކަމަށް ހީކުރެވެނީ ތޯއްޗެކެވެ. މުޅި ދައުލަތް ފެލައިލައިގެން ނިކުމެ ހުރެ ފައިސާ ބަހައިގެން ގައުމު އޮތް ގޮތްކަން ފަނޑިޔާރުންނަށް ދައްކަން ރުނބާ މުށިން ގައިވީދާނީ އަތުވެދާނެ ޖަލު ހުކުމަކުން ރެކޭށެވެ. ރިޝްވަތު ދީގެން ފަނޑިޔާރުން ހައްލައިލެވޭތޯ ކުރެވޭ މަސައްކަތް ވެސް ހުއްޓާނުލާ ބާރަށް އެބަ ހިނގައެވެ. ދެ އަކުރުގެ އޮޅުމަކުން ކުށްސާބިތު ނުވާ ކަހަލަ ރުގުޔާ ކުޅަ ބަތް ޕާރުސަލްތައް ވެސް އެބަ ހުރެ ކެކެއެވެ.

    ގަރަގު ކުރައްވަންދެން ފިރުއައުނު ފަހަތުގައި ވެސް ބަޔަކު ތިއްބެވެ. އެކަމަކު އެއީ މުޅި ގައުމެއް ނޫނެވެ. ސިޔާސީ ޗަރުކޭހެއްގެ ގޮތުގައި ބާއްވާ ފެލައިލާ ޖަލްސާ ފެނިފާ ފަނޑިޔާރުންނަށް ދެކަމު ހާޖަތައް ދެވޭނެއޭ ޔާމީނަށް ހީވާ ކަހަލައެވެ. އިންޑިއާ އައުޓު ކުރުމުގެ އަނދިރި ކެންޕޭން ފާޑަށް ހުކުމް ފެލައިލަން ސީދާ ކޮންނާއި ނުސީދާކޮށް އުންޑަ ކައްކާ ތަވީދު ލިޔެ ނުކުރާ ކަމެއްނެތެވެ.

    ރައީސްކަން ކުރީތީ ލައްކަ ލައްކައިން ދައުލަތުން އިނާޔަތް ނަގައިގެން ދައުލަތުގެ ކާރުކޮޅުގައި ވަށައިގެން ހަށިފާރަ ވެރިން ލައިގެން އެ އުޅެނީ ޔާމީނުމެންނެވެ. ވެރިކަމުގެ އަރާމާ އުފާ ޔާމީނުމެނަށް ހޯދައިދޭން ތިން އިރު ހަމަޔަށް ނުކައި ވޭނާ ހޫނުގައި ގަނަ ތެޅެނީ ނިކަމެތި ރައްޔިތު މީހާއެވެ. ވެރިކަމުގެ މަސްތުގައި ގުރުބާން ކުރާ ކަންބަޅި ތަކަށް ފަހުން ވެސް ވާމޮޅެއް ނޯވެއެވެ.  

    މި ފަހަރު ވެސް ޔާމީނުގެ ސިހުރުގައި ޖެހިފާ ތިބި މީސްކޮޅު ދޮންކޮށް ލޭ ކައްކުވައިގެން އެ މީހުންގެ އަތުން ފައިން ގޯސް ހައްދަން އެ އުޅެނީ އެހެން ބޭނުމަކު ނޫނެވެ. އަނިޔާ ލިބި ލޮލަށް މިރުސްއެޅި ޖަލުގެ ތޭރިތަކުގެ ފަހަތައް ދާނީ ނިކަމެތި ހަސް ނެތް ސަޕޯޓަރެވެ. ވަގު ހިންޏަކަުން ހީގަނެގެން މަޑު ތަންމަތީގައި އަނބިދަރިންނާއެކު އުފާކޮށް ދައުލަތުން އިނާޔަތް ނަގައިގެން ކާލަކާލާ އިންނާނީ ޔާމީނެވެ. ސަޕޯޓަރުން މޮޔަ ހައްދާ ރުޅި ގަދަކޮށް އަތްފައިން ގޯސް ހައްދަން ފަހަރަކު މީހަކު އަރާ ތިޔަ ޝަރީއަތެއްގެ ވާހަކަ ރާގު ރާގަށް އެ ތާނގާ ނުދެއްކިޔާ މަށަކު ލޮނުލައިގެން ބަތެއް ނުކާނަމެވެ. 

    ]]>
    Sun, 18 Dec 2022 17:12:07 +0500 ހީރަސް
    ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއަކީ މެސީ: ރޮނަލްޑީނިއޯ https://heerasnews.com/812 https://heerasnews.com/812 ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިއަކީ ލިޔަނަލް މެސީ ކަމަށް ބްރެޒިލްގެ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފިއެވެ. ރޮނާލްޑީނިއޯ ގަބޫލް ކުރާ ގޮތުގައި އުމުރުން 50 އަހަރު ވަންދެން ވެސް މެސީއަށް ފުޓުބޯޅަ ކުޅެވޭނެއެވެ. މެސީ ގައިގައި އެހެން ކުޅުންތެރިންގެ ގައިގައި ނެތް ފެންވަރު އެބަހުރި ކަމަށާއި މެސީ އަކީ ތަފާތު މޮޅު ހުނަރުވެރި ކުޅުންތެރިއެއް ކަމަށް ރޮނާލްޑީނިއޯ އެއްބަސް ވެއެވެ.

    މެސީއާއި އެކު ބާސެލޯނާއަށް ކުޅުނު ރޮނާލްޑީނިއޯ ބުނާ ގޮތުން ޕްރޮފެޝަނަލް ކެރިއަރުގައި އުމުރުން 50 އަހަރު ވަންދެން ވެސް ކުޅެވޭ ވަރަށް ހުނަރާއި ބުންވަރާއި ފެންވަރު މެސީ ގައިގައި ހުންނާނެއެވެ.

    މެސީ ވޯލްޑް ކަޕްއަށް ކުޅޭ އެންމެ ފަހު މެޗްގައި މެސީގެ ހުވަފެން ހަގީގަތަކަށް ހެދުމަށް މެސީގެ ފެންވަރު ދައްކާލާނެ ކަމަށް ރޮނާލްޑީނިއޯ ދެކެއެވެ.

    އުމުރުން 35 އަހަރުގައި ވޯލްޑް ކަޕް ފައިނަލަށް މިރޭ ނިކުންނަ މެސީ އަކީ ކުޅުމަށާއި ފެންވަރަށް ބަދަލެއް އައިސްފައި ނުވާ އެތައް އަހަރުތަކެއްގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

    ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އާއި ފްރާންސް މިރޭ ބައްދަލުކުރާ ފައިނަލް މެޗަކީ މެސީ ވޯލްޑްކަޕުގައި ކުޅޭނެ އެންމެ ފަހު މެޗެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން މިރޭ އަށެއް ޖަހާއިރު ފެށޭ ވޯލްޑްކަޕް 2022 ގެ ފައިނަލް މެޗަކީ ހުރިހާ ގޮތަކުންވެސް ލިޔަނަލް މެސީއަށް ވަރަށް މުހިންމު މެޗެކެވެ.

    ]]>
    Sun, 18 Dec 2022 13:46:33 +0500 ހީރަސް
    މޮޔަމީހާ މަރާ ބޮޑުގޮހޮޑާ ނަގޫގޮއްޖެހުން https://heerasnews.com/811 https://heerasnews.com/811 ދިވެހި ނޫސްވެރިޔާ އަހުމަދު ރިލްވާނު ގެއްލުނީ 08 އޯގަސްޓް 2014 ގައެވެ. ރިލްވާން ގެއްލުނު އިރު ރާއްޖޭގައި އޮތީ ޕްރޮގްރަސިވް ކޯލިޝަންގެ ވެރިކަމެވެ. މައި ޕާޓީއަކީ ޕީޕީއެމްއެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމެވެ. އެ ދުވަހަކީ ރައީސް ޔާމީނުގެ ވެރިކަމުގެ 265 ވަނަ ދުވަހެވެ. އޭރު އަދި ޔާމީނުގެ ވެރިކަމަށް ނުވަ މަހެއް ނުފުރެއެވެ. އާނއެކެވެ. އެއީ ވަރުގަދައަށް ވެރިކަމުގެ ކަންކަން ރުކުރުވާލެވި ޔާމީނުގެ ފުރިހަމަ ބާރުވެރިކަން ހިނގައިގަތް ވަގުތެވެ.

    17 ނޮވެންބަރ 2013 ގައި އުފެދުނު ރައީސް ޔާމީނުގެ ސަރުކާރަކީ ދީނާ ގައުމަށްޓަކައި އުފެދިގެން އައި ސަރުކާރެއް ކަމުގެ ސިއްކައިން ސިއްކަޖެހިގެން ޕީޕީއެމް އިސްވެ އޮވެ އުފެދުނު ސަރުކާރެކެވެ. ޕީޕީއެމްގެ ރައީސް މައުމޫނު ނުއަތު ފަލި އެޅުއްވިޔަސް ރައީސުލްޖުމްހޫރިއްޔާގެ ނައިބަކީ ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ޑިފެންސް މިނިސްޓަރަކީ ކާނަލް ނާޒިމެވެ. އިސްލަމިކް މިނިސްޓަރަކީ ޑރ. ޝަހީމެވެ.

    ހޯމް މިނިސްޓަރަކީ އުމަރު ނަސީރެވެ. ޕޮލިސް ކޮމިޝަނަރަކީ ހުސައިން ވަހީދެވެ. އެންމެ އިތުބާރު ކުރެވޭ ކޯލިޝަން ޕާޓްނަރަކީ ސަންޓްރެވަލް ޝިޔާމެވެ. އަހުމަދު އަދީބު ހުންނެވީ ޓޫރިޒަމް މިނިސްޓަރ ކަމުގައެވެ. އެންމެން އެންމެނަށް ތިއްބެވީ ނިގޫ ގޮއްޖެހި ބާރުވެ އެކަތި ގަނޑެއްގެ ގޮތުގައެވެ. އޭރަކު އަދި ސަރުކާރުގެ ބާރުތައް ހައްދެން ނެތް ވަރަށް އަދީބުގެ އަތްޕުޅު މައްޗަށް ރައީސް ޔާމީނު ފުރޮޅައެއް ނުލައްވައެވެ.

    އަހުމަދު ރިލުވާނަކީ " މޮޔަމީހާާ " ގެ ނަމުގައި ދީނީ މިނިވަން ކަމަށް މީސް މީޑިއާގައި ވަކާލާތު ކުރާ ޒުވާނެއްކަން ގިނަ ބަޔަކަށް އެނގެއެވެ. ރައީސް ޔާމީނަށާއި މިނިސްޓރ އުމަރަށާއި ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދަށް އެކަން މާ ރަނގަޅަށް ސާފުވެ ވަޑައިގަންނަވާނެއެވެ. އެހެން ކަމުން ކުރިން ބަޔާން ކުރެވުނުހެން ދީނާ ގައުމަށްޓަކާ އުފެދުނު ސަރުކާރުގެ އެންމެ ދުޅަ ހެޔޮ ދުވަސްވަރު ގާނޫނީ އިމުގެތެރެއިން އިސްލާމީ ޝަރީއަތާއެއް ގޮތަށް ރިލްވާނާ މެދު ފިޔަވަޅު ނާޅުއްވާ ދޫކޮށް ލެވިފައި ހުރީ ޗާޓުން ބޭރުން އެކަން ނިންމަންތޯ ސުވާލު އުފެދެއެވެ. އުމަރު ނަސީރަކީ އަތްކެނޑުމާއި މަރުގެ އުގޫބާތް ދެއްވާ ހިތްޕުޅުން އަވަހާރަފުޅު ނުލެއްޕެވޭ ބޭފުޅެއް ވިއްޔާއެވެ. ހުންނެވީ ހޯމް މިނިސްޓަރ ކަމުގައެވެ.

    ލާދީނީ ކަމުން ކުރިން އޮތް އެމްޑީޕީ ސަރުކާރު ވައްޓާލީ ދީނުގެ ހައްގުގައި މި ދެންނެވި ބޭބޭފުޅުން އިސްވެ ތިއްބަވައިގެނެވެ. އެ ވަރުގެ ދީނީ ސަރުކާރެއް އޮތްއިރު ރިލުވާނުމެނަށް ގާނޫނީ ފިޔަވަޅު ނާޅާ ދޫވެފައި ތިބީ ކީއްވެހެއްޔެވެ. ތަކުރާރުކޮށް މަރުގެ އިންޒާރުތައް ލިބެމުން ދާކަމަށް ޕޮލިހަށް ރިޕޯޓްކޮށް މައުލޫމާތު ދީފައި އޮތްކަން އެނގިވަޑައިގެން ތިއްބަވާ ހަނު ތިއްބެވީ ކަނޑު މަތީން އިންސާނުންގެ ފުރާނަ އުދުއްސާލުމަށް ހެއްޔެވެ.

    ރިލުވާނު ގެއްލުނު ފަހުން ވެސް 4 އަހަރާއި ތިން މަހާ ގާތަށް ރައީސް ޔާމީނު ވެރިކަމުގައި ހުންނެވި އިރު ރިލްވާނަށް އިންސާފު ހޯއްދަވާ ދެއްވަން އެއްވެސް ކަމެއް ކުރެއްވި ނަމަ މަރު ކޮމިޝަން ހަދައިގެން ބޮޑު ގޮހޮޑާ ވާހަކަ ކިޔާކަށް، ލިޔާކަށް މި ސަރުކާރަކަށް ނުޖެހުނީހެވެ. ރައީސް ޔާމީނަށް ތުހުމަތުތައް ކުރެވި މަރު ކޮމިޝަންގައި ހަނު ހުންނަވާކަށް ޖެހިވަޑައެއް ނުގަތީހެވެ.

    ބޮޑު ގޮހޮޑާގެ މިނިކާ ކަމަނާ އެކޭ ކާމިނީ ޔާމީނެކޭ ތަފާތެއް ނެތެވެ. ގޮތްނޭނގޭ ކޮންމެ މަރަކާއި ގުޅިގެން ކާމިނީ ޔާމީނުގެ ނަން އައުދެއެވެ. ޑރ. އަފްރަޝީމްގެ ގަތުލުގެ ވާހަކަ ގޮތް ގޮތަށް ޔާމީނާ ގުޅުވައެވެ. ގޭންގް މާރާމާރީއެއްގައި ވަޅިޖަހައިގެން ޒުވާނަކު މަރުވީ ޓީޝާޓްގެ އޮޅުމަކުން ކަން ޔާމީނަށް އެނގިވަޑައި ގަތެވެ. ވީނުވީއެއް ނޭގި ގެއްލުނު ރިލްވާނު މަރުވެއްޖެ ކަމަށް އެންމެ ފުރަތަމަ ވިދާޅުވީ ވެސް ޔާމީނެވެ. އަދިވެސް މި ކަހަލަ ކިތަންމެ ވާހަކަ އެކެވެ.

    ޑރ. އަފްރާޝީމް ގަތުލު ކުރި މީހަކު ރައީސް ޔާމީނާ ބައްދަލުކުރި ވާހަކަ ދެކެވޭހެން އާރާ ބާރު އޮތްއިރު މުޅި މައްސަލަ ބަލާ ކޮޅެއްގައި ޖައްސުވާފައި އޮތް ނަމަ ރިލުވާނު ކަތިލި މީހަކު ފުރުވާލާ ދެއްވި ވާހަކައެއް އުފަނެއް ނުވީހެވެ. ރައީސް ކަމުގައި ހުންނަވައިގެން ފުލުހުން ބަލާނެ ކަމަށް ވިދާޅުވި ކަމެއް ބައްލަވާ ނިންމަވާފައި އޮތް ނަމަ މަރު ކަމިޝަން ހަދައިގެން ބައެއްގެ ވަގުތާ ފައިސާ ހޭދަ ކުރާކަށް މި ސަރުކާރަކަށް ނުޖެހުނީހެވެ.

    ގައިރު ގާނޫނީ އަމުރު ފުލުހުންނަށް ކުރާ ކަމުގެ ބަހަނާގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓާލަން ފުލުހުން ދޮން ކުރެއްވި ހުސައިން ވަހީދު އިސްވެ ހުންނަވައިގެން ހެކި ނައްތަވާލާފައި އޮތް ކަމެއް ފަހުން ބަލަންޏާ ޖެހޭނީ ބުނި ބުންޏަށް ގޮސްގެން ވެސް ހަގީގަތް ހޯދާންތާއެވެ. ބުނިބުނިން ވެސް ރިލުވާނުގެ އާއިލާއަށް އިންސާފު ލިބިދާނެ ކަމުގެ އުންމީދު އައުވާ ވަރުގެ ބޮޑުގޮހޮޑާ ވާހަކައެއް ލިޔެވުނުކަން ވެސް ރަނގަޅެވެ.

    ]]>
    Sun, 18 Dec 2022 09:35:48 +0500 ހީރަސް
    ތަފާތު ބޮޑު މޮޅެއް – މަރުހަބާ އަކްރަމް https://heerasnews.com/810 https://heerasnews.com/810 ހއ.ހދ.ށ އަތޮޅު ހިމެނޭ އެމްޑީޕީ މަތި އުތުރު ދާއިރާގެ ރައީސް ކަމުގެ މަގާމަށް އަކުރަމް ކަމާލުއްދީން އިންތިހާބު ވެވަޑައިގަތީ ބޮޑު ތަފާތަކުންނެވެ. ކުރިން އެ ދައިރާގެ ރައީސް ކަމުގައި ހުންނެވި އިބްރާހިމް ވަހީދު (އިބުރޭ) އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމަށް އިންތިހާބުވެ ވަޑައިގަތުމުން އެ މަގާމު ހުސްވުމުން އެ މަގާމަށް ބޭފުޅަކު ހޮވުމަށް ބޭއްވި އިންތިހާބު އޮތީ މިއަދުއެވެ.

    ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކުރަމު ކަމާލުއްދީނާ ވާދަ ކުރެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލް އާއި ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން)އެވެ.

    އަކްރަމަށް ލިބިވަޑައިގަތީ 2988 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ %71 އެވެ. އާދިލު 850 ވޯޓު ހޯއްދަވައިގެން %20 ހޯއްދަވާފައި ވާއިރު ހާޝިމަށް ލިބިވަޑައިގަތީ 291 ވޯޓެވެ. އެއީ ޖުމްލަ ވޯޓުގެ އެންމެ %7 އެވެ.

    ލިބިވަޑައިގެން ކާމިޔާބީއާއި އެކު އަކްރަމް ވިދާޅުވީ މުސްތަގުބަލްގައި މަސައްކަތް ކުރައްވާނީ އެ ޕްރޮވިންސްގެ ރައްޔިތުންނާއި މެމްބަރުންނާއި އެންމެ ގާތުން ކަމަށެވެ. ހަމަ އެ އާއި އެކު އަކްރަމް ވޯޓްދިން ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.
    އިންތިހާބު އަކްރަމް ކާމިޔާބު ކުރެއްވުމުން ޕާޓީގެ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން ގެންދަނީ އަކްރަމަށް ހޫނު މަރުހަބާއެއް ދަންނަވަމުންނެވެ.

    ]]>
    Sat, 17 Dec 2022 20:14:45 +0500 ހީރަސް
    އެސްޓީއޯ ސްޓާފް އެވޯޑް 2022 : ވިދާތަރި 2 https://heerasnews.com/809 https://heerasnews.com/809 މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ ލީޑަރޝިޕްގައި އެސްޓީއޯއަކީ ކާމިޔާބު ކުއްފުންޏެއްކަން ދަނީ ސާބިތުކޮށް ދެމުންނެވެ. ހޯދަމުންދާ ކާމިޔާބީތަކާއި އެކު ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގައި ދެވަނައެއް ނެތްފަދައެވެ. "އެސްޓީއޯ ސްޓާފް އެވޯޑް" ތައާރަފްކޮށް  ހީވާގި ގާބިލު މުއައްޒަފުންގެ އަގު ވަޒަން ކުރަން އެސްޓީއޯ ފަށައިފިއެވެ. ޝަރަފްވެރި އެވޯޑް ތަކެއް ސްޓާފުންނަށް ފުރަތަމަ ފަހަރަށް އެސްޓީއޯއިން ދިނީ މި އަހަރެވެ. އެސްޓީއޯގެ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމަކީ ކުރިއަކުން އެހާ ބޮޑު އިސްކަމެއް ދިން ކަމެއް ނޫނެވެ.

    "އެސްޓީއޯ ސްޓާފް އެވޯޑް 2022" ހާސިލްކުރި ބައެއް މުއައްޒަފުން ތާރީހަށްޓަކާ މި ފަހަރު ވެސް ފާހަގަ ކޮށްލާނަމެވެ.

     އައުޓު ސްޓޭންޑިންގ އިނޮވޭޓަރ އެވޯޑް 2022

    އެންމެ ބޮޑު ތަފާތެއް ދެއްކި އިނޮވޭޓަރަކަށް 2022 ވަނަ އަހަރު ހޮވިފައި ވަނީ ސެކިއުރިޓީ އޮފިސަރ މުއައްމިނު ރަޝީދުއެވެ. މުއައްމިނުގެ އާދަޔާ ހިލާފު ކުޅަދަނަކަމާއި މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރި ކަމާއެކު ސާބަސް ރައްދު ކުރެއެވެ. 

    އައުޓު ސްޓޭންޑިންގ އިނޮވޭޓަރ އެވޯޑް 2022

    އެންމެ ބޮޑު ތަފާތެއް ދެއްކި އިނޮވޭޓަރ 2022 ގެ އެވޯޑް އެސްޓީއޯގެ އައިސީޓީ ޑިވް-ޓީމްއަށް ލިބުނީ ޓީމެއްގެ ގޮތުގައި ދެއްކި ގާބިލުކަމާއި ހުނަރު ވަޒަން ކުރެވިގެންނެވެ. އައިސީޓީ ޑިވް_ޓީމްގެ އާދަޔާ ހިލާފު ކުޅަދާނަކަމާއި މަސައްކަތުގެ އަގު ވަޒަންކޮށް އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރި ވަނީ ސާބަހާ އައްސަރިބަސް ރައްދު ކުރަމުންނެވެ. 

    ގޮޓް ދެޓް އެކްސްޓްރާ މައިލް އެވޯޑް 2022

    ގޮޓް ދެޓް އެކްސްޓްރާ މައިލް އެވޯޑް ޕީޕަލްސް ޗޮއިސް އެންޑް ފުޑް ސެކިއުރިޓީގެ ސާވިސް ސަޕޯޓް ޓެކްނީޝަން މުޙައްމަދު ޖަލީލަށް ހައްގެވެ. އޭނާގެ ހިދުމަތަކީ ނިހާއީ ނަމޫނާ ހިދުމަތެކެވެ. މުހައްމަދު ޖަލީލަކީ އުންމީދާއެކު ނަތީޖާ ހާސިލުކުރުމަށް ކެނޑިނޭޅި ދިން އެއްބާރުލުމާއި ބަދަހި ގުޅުން ދެމެހެއްޓުމުގައި ސާބަހާއި ތައުރީފް ހައްގު މުއައްޒަފެކެވެ.

    ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް 2022

    ސޯޝަލް މީޑިއާގައި އެސްޓީއޯ ޕްރަމޯޓްކޮށް މާކެޓްކޮށް ތަސައްވަރު ކިލަނބު ވިޔަ ނުދީ ހިފެހެއްޓުމަށް މަސައްކަތް ކުރުމުގައި އެސްޓީއޯ މާކެޓިންގ ކޮމިއުނިކޭޝަން ޕީއާރ މެނޭޖަރ ފާތިމަތު ފަޒަތު ކުރައްވާފައިވާ އިހުލާސްތެރި ކާމިޔާބު މަސައްކަތުގެ އަގު ވަޒަންކޮށް ސޯޝަލް މީޑިއާ ޝައުޓްއައުޓް އެވޯޑް 2022 ވަނީ ދީފައެވެ. މުޅި އެސްޓީއޯ އެކަމަށްޓަކައި ފަހުރުވެރިވެ ހައްގު ޝުރު އަދާ ކުރެއެވެ.

    ]]>
    Sat, 17 Dec 2022 18:30:09 +0500 ހީރަސް
    އެ އޮތީ ދެން ގެއްލިފަ ދެއްތޯ: ރައީސް ޔާމީން https://heerasnews.com/808 https://heerasnews.com/808 ވީނުވީއެއް ނޭނގި ގެއްލުވާލުމާ މަރާލާފައިވާ މީހުންނޭ ކިޔަން ޖެހުނީ ވެސް ޔާމީންގެ 5 އަހަރު އެ ބިރުވެރިކަން ހައްދު ފަހަނަ އަޅާ ވަރަށް ބޮޑުވީމައެވެ. އަހްމަދު ރިލްވާން ގެއްލުވާލައިގެން އުޅުނުއިރު ޔާމީން އަތުވި ވަގުތެއްގައި ނޫސްވެރިއަކު އެ ސުވާލު ކުރުމުން އޭގެ ޖަވާބު ހިހޫ ކޮށްލީ ދެއްތޯ ލެވެލް އަށެވެ. މޫނަށް ރުލެއް ވެސް އަރުވާ ނުލާ ބުނީ " އެ އޮތީ ދެން ގެއްލިފަ ދެއްތޯ؟ ފުލުހުން އެ ތަހުގީގު ކުރާނެ ދެއްތޯ" އެވެ.

    ރަހުމުގެ ކުލަވެސް ނެތި އެ ޖަރީމާ ހިންގި މީހުންނާ އެއް ތަށިން އެއްބައި ކައި ހީ ސަމާސާކޮށް، ނުވިތާކަށް އެ މީހުން ސީރިއާއަށް ފުރުވާލުމުގެ އަޑީގައި ހުރެގެން ޔާމީން އެޖަވާބު ދިންކަން މި އެނގުނީ ތަހުގީގު ރިޕޯރޓް ނިކުތީމައެވެ. އެ ދުވަހު ފުލުހުންނޭ ބުނިއިރު ފުލުހުންގެ ކަމިޝަރަކަށް ހުރީ ހޭޅި ހުސެން ވަހީދެވެ. އޭނާ  އެ ހުރީ ބޮޑު ގޮހޮޑާ ވާހަކަ ގެނެސްދީ ޔާމީނަށް ޗެނަލް 13 ހިންގައިދޭށެވެ.

    މި ދައްކަނީ ދިވެއްސަކު ގުދުކޮށް ބޯބުރިކޮށް ކަނޑު ފެއްތި މީހުންނާ އޭރު ގައުމު ހިންގަން ހުރި މީހާގެ އޮތް ގުޅުމާއި އޭރުގެ ފުލުސް ކޮމިޝަނަރު އިހުމާލުވީ ވާހަކައެވެ.

    ޔާމީނު ރައީސް ކަމުގައި ކުރި އިންޑިޔާ ދަތުރަކަށް ފަހު ރާއްޖެ އައިސް އެއަރޕޯޓުގައި ހުރެ ނޫސްވެރިއަކު ކުރި ސުވާލަކަށް ދިން ޖަވާބެއްގައި ރިލްވާނު މަރުވެއްޖެ ކަމަށް ޔާމީނު ބުންޏެވެ. އެ ދުވަހު އެހެން ބުނުމުގެ ކުރިން ރިލްވާނު މަރުވެފައި ވާކަން އެއްވެސް ފަރާތަކުން ކަށަވަރުކޮށް ދީފައެއް ނުވެއެވެ. ރިލްވާނު މަރުވެއްޖެކަން ފުރަތަމަ ކަށަވަރު ކޮންދިން މީހަކީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޔާމީނެވެ. ނޫސްވެރިންގެ ކުރިމަތީގައެވެ. ފުލުހުންގެ ތަހުގީގަށް ސާބިތު ނުވާ ކަމެއް އެންމެ ފުރަތަމަ ޔާމީނަށް ކަށަވަރުވީ ކިހިނެތް ހެއްޔެވެ. އެއްގޮތަކީ ރިލުވާނުގެ މަރާލުމުގައި ޔާމީނުގެ އަތެއް އޮތުމެވެ. ނޫނީ ވިއްޔާ އެކަން ޔާމީނަށް އެނގޭނީ އެ ކަމުގައި އަމަލީ ގޮތުން އުޅުނު މީހުންނާ ގުޅުން އޮވެގެން އެ މީހުންގެ ފުށުންނެވެ. 

    ހައްގޭ އިންސާފޭ ރިލްވާނޭ ކިޔަމުން ކޯލިޝަން ހަދައިގެން ތިބި މީހުން އެތިބަ ގޮތް ދެކޭށެވެ. އެތިބީ މި ކަމުގައި މި ލިބުނު ކުރިއެރުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ހެޔޮބަހެއް ބުނެފިއްޔާ އަންނަ އިންތިހާބުގައި ތިމާމެންގެ ފާޓު ހަނި ވެދާނެތީ އެއްޗެއް ނުބުނެ ތައްބައްދައިގެންނެވެ. އެ މީހުން އެ ގޮތަށް ތިބޭއިރު ރިލްވާން ކަތިލުމާ އެކި ގޮތް ގޮތުން ގުޅިފައި ތިބި އިދިކޮޅު މީހުން ތިބޭނެ ގޮތް ވިސްނާށެވެ.

    ހިތާމައާ އަސަރުން ހިތުގައި ހިލަ ބަނދެގެން ވެސް ރިލްވާންގެ އާއިލާ މި ތަހްގީގު ބަލައިގެންފިއެވެ.

    އިންސާނުންގެ ކިބައިގާ ފާޑުފާޑުގެ އަހުލާގު ހުރެއެވެ. އެކަމަކު ދިވެހިންގެ ކިބައިން މި ފެންނަނީ އަދި މުޅިން އެހެން ބާވަތެކެވެ. އެންމެ ރަނގަޅު ކަމަށް ދެއްކިގެން އެންމެ ކުރީ ސަފަށް އަރައިގެން އެންމެ އޮމާންކޮށް ވާހަކަ ދައްކަނީ އެންމެ ނުލަފާ މީހުންނެވެ.

    ]]>
    Sat, 17 Dec 2022 14:59:50 +0500 ހީރަސް
    ދެކުނުގެ އިގްތިސާދީ ހަރަކާތަށް ހިތަދޫ ޕޯޓު ތަރައްގީ ކުރެވޭނެ: ޝާހިދު https://heerasnews.com/807 https://heerasnews.com/807 އައްޑޫ ސިޓީ ހިތަދޫގައި ޕޯޓް ހިންގާތާ 17 އަހަރު ފުރުނީއެވެ. ހިތަދޫ ޕޯޓުގެ 17 ވަނަ އަހަރީ ހަފްލާ އެމްޕީއެލް އިން ކުލަގަދަ ގޮތެއްގައި ފާހަގަ ކުރީ މުހިންމު ސަބަބު ތަކަކަށްޓަކައެވެ. މަދު ވަސީލަތް ތަކާއެކު ކާމިޔާބު މަސައްކަތް ތަކެއް މުއައްޒަފުން 17 އަހަރު ކުރި ކުރުން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރުމަކީ އެންމެ މުހިންމު އެއް ބޭނުމެވެ.

    ހިތަދޫ ޕޯޓަށް 17 އަހަރު ފުރުން ފަހަގަ ކުރުމަށް ބޭއްވި ހާއްސަ ހަފްލާގައި އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޝާހިދު އެކަން ފާހަގަ ކުރައްވާ ފާއިތުވި 17 އަހަރު ދުވަހު މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ހިދުމަތް ފޯރުކޮށްދީ، ދެކުނުގެ އިގްތިސާދީ ހަރަކާތް ތަކަށް އިތުރު ކުރިއެރުން ތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓު ތަރައްގީ ކޮށްގެންކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

    ރައީސް ސޯލިހުގެ އިގްތިސާދީ އެޖެންޑާގައި ސަރުކާރުން ހިތަދޫ ޕޯޓު ތަރައްގީ ކުރުމަށް ނިންމާފައިވާ ޕްލޭނަށް އަލި އަޅުއްވާލެއްވީ އުންމީދުން ފުރިގެންވާ ޔަގީންކަމާ އެކުގައެވެ. ހިތަދޫ ޕޯޓު ތަރައްގީކުރުމުގެ ޕްރޮޖެކްޓް ވަރަށް އަވަހަށް ފެށިގެން ދާނެކަމުގެ އުފާވެރި ހަބަރު އެމްޑީ ޝާހިދުގެ ވާހަކަފުޅުގައި ދެއްވިއެވެ.

    ހިތަދޫ ޕޯޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފުރިހަމަ ވުމުން ލިބިގެންދާނެ ފަސޭހަ ތަކުގެ މައްޗަށް ތަފްސީލުކޮށް ޝާހިދު ޖަލްސާގައި ބައްލަވާ ލެއްވިއެވެ.

    ރާއްޖެއިން ބޭރުން އަންނަ ކާގޯ އުޅަނދު ފަހަރަށް 200 މީޓަރުގެ މަގަތު ފާލަމެއް ހާއްސަ ކުރެވިގެން ދާނެ ކަމާއި ޑޮމެސްޓިކް އުޅަނދު ތަކަށް ހާއްސަ 165 މީޓަރުގެ މަގަތު ފާލަމެއް ލިބިގެން ދާނެކަން ކަށަވަރުކޮށް ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ހިތަދޫ ޕޯޓުގެ އޮޕަރޭޝަނަލް ކެޕޭސިޓިއަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެން ދާނެކަން ޝާހިދު ވަނީ ފާހަގަ ކުރެއްވިއެވެ.

    އެމްޕީއެލްގެ ބޯޑު މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ އެކި ވުޒާރާ ތަކުގެ ވެރިން ބައިވެރިވެވަޑައިގެން ރަސްމިއްޔާތު އޮތީ އައްޑޫ ހައި ސްކޫލްގައެވެ.

    ހިތަދޫ ޕޯޓަށް ދިގު މުއްދަ ތަކަށް ހިދުމަތް ކޮށްދެއްވުމަށް ފަހު ރިޓަޔަރ ކުރެއްވި 2 މުވައްޒަފަކަށް ހަނދާނީ ފިލާ އެރުވުނު މި ހަފްލާގައި ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ 26 މުވައްޒަފަކަށާއި 15 އަހަރަށް ވުރެން ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ 13 މުވައްޒަފަކަށް ހަނދާނީ ފިލާ އަރުވާފައި ވެއެވެ.

    ]]>
    Fri, 16 Dec 2022 23:04:04 +0500 ހީރަސް
    ތިލަމާލެ ބްރިޖަށް އަވަލީ ބޮޑުމީހާގެ ކަޅު ހިޔަނި! https://heerasnews.com/806 https://heerasnews.com/806 އިންޓަރނެޓަށް ފަރިތަ ކުދިން އިންޑިއާގެ އެފްކޮންސް ކުންފުނީގެ ވަރުގަދަ ކަމާއި އެމީހުން ނިންމާފައިވާ ކާމިޔާބު ބޮޑެތި ޕްރޮޖެކްޓްތައް  ދެނެގެން ބަލާށެވެ. އެފްކޮންސްއަކީ އެކުންފުނީގެ ގަދަރަށް އުނިކަން ލިބި، ބައިނަލް އަގްވާމީ މާރކެޓްގައި އެމީހުން ބަދުނާމު ވާން ބޭނުން ވާނެ ބައެއް ނޫނެވެ. އެހެން ނަމަވެސް ތިލަމާލެ ބްރިޖާ ޖެހުމުން އެފްކޮންސްގެ ފައި ހަރުނުވެ ފަރަށް  އަރަނީއެވެ. ނަގިލި ކަހާލާ ސޮއްސާލަނީ އެވެ. ވައިރު ކެނޑި ކެރޭނު ބިނދި ބޯވަތަށް އެކޮޅު ކޮޅުން ދާއިރު އެވީޑިއޯތައް އެ ހުރީ މުޅި ދުނިޔެއަށް ހާމަވެފައެވެ. އެއީ ކުުޅުވައިގެން ނަގާފައިވާ ވީޑިއޯ ނަމަ ފިލްމުގެ ބޭނުން އެންމެ ރަނގަޅަށް ހިފަމުން އެދަނީ ޕީޕީއެމުންނެވެ.

    ސިނަމާލެ ބްރިޖަކީ ޗައިނާއިން ދިވެހިރާއްޖޭގައި އެޅުވި ރަން އަނގޮޓި ކަމަށް ވަންޏާ، ތިލަމާލެ ބްރިޖްވާނީ އިންޑިއާއިން އަޅުވާ އަލިމަހުގެ ރަން ހާރަށެވެ. ހިލޭ އެހީއާއި ދަރަންޏާއި، ކުރެހުމުގައި އިނދެ މަންޒަރު ގެއްލޭ ލޭނުތަކާއި ކޮރަޕްޝަނަކީ އެހެން ވާހަކަ އެކެވެ.

    ރަން އަނގޮޓިއާއި އަލިމަސް ހާރުގެ ކަންތައް މިހެން ވާން ޗައިނާއާއި އިދިކޮޅު ޕީޕީއެމުން ބޭނުން ވާނެތޯ އުފެދޭ ސުވާލުގެ ޖަވާބު އުނދަގުލެއް ނޫނެވެ. ބޭނުން ވަނީ މަންޒަރު ހުތުރުކޮށް ބޮއްސުން ލައްވާލާނެ އެފްކޮންސްގެ ދެތިން މީހަކަށް ޔާމީނު ވިދާޅުވާ ފަދަ އެކަށީގެންވާ އަދަދެއް ދީގެން ވޯކް ފޯރސްގައި ކަތުުރުފަނި އެޅުވުމެވެ.

    ތިލަމާލެ ބްރިޖަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ރިޔާސީ ދެ ވަނަ ދައުރު މަލަރު ކުރާ އެންމެ ވަރުގަދަ ޕްރޮޖެކްޓެވެ. މުއްދަތަށް ނިމުން ސަރުކާރަށް މުހިންމެވެ. ދެން އޮތް ސުވާލަކީ ސިޔާސީ ގޮތުން ސަރުކާރު ކޮށިއަރުވާ އަތް އަނބުރައިގެން އިންޑިއާއިން ހާސިލު ކުރަން ބޭނުންވާ މަގްސަދެއް އޮތީތޯ އުފެދޭ ސުވާލެވެ. އެފްކޮންސަށް އެކަން އެނގުމާއި ނޭނގުން މާތްރަސްކަލާނގެއާ ވަކީލެވެ.

    އިންޑިއާ އާއި ޕާކިސްތާނަކީ ކަނި ކެނޑިކެނޑި ތިބި ޒަމާންވީ ހަތުރުންނެވެ. ރާއްޖޭގެ ބިމުގައި އިންޑިއާ އާއި ވިއްދަން ޕާކިސްތާނު މީހުން އަންނާކަށް ނުޖެހެއެވެ. ޕާކިސްތާނުން ކިޔަވައިގެން އައިސް ދީނުގެ ނަމުގައި އިންޑިއާ އާއި ވިއްދާނެ ފަޓާނީ ހަރުވާޅުލީ ދިވެހިން ރާއްޖޭގައި މަދެއް ނޫނެވެ.

    ގިނަ އަދަދެއްގެ ބިދޭސީން މާލޭގައި ދިރިއުޅޭ ތަނެއްގައި ރޯވީ ފާއިތުވި ނޮވެމްބަރ 9 މެންދަމުގެ ވަގުތުގަައި އެ މީހުން ނިދަން ތިއްބައެވެ. މާލޭގައި ގަނޑުކޮށް ނިދާ ބިދޭސީން އެންމެ ގިނައިން ނިސްބަތް ވަނީ ބަނގްލަދޭޝް އަށެވެ. ނަމަވެސް  އެރޭ އަލިފާން ރޯވި އެ ތަނުގައި ދިރިއުޅޭ އެެންމެންނަކީ އިންޑިއާ މީހުންނެވެ. މަރުވި 10 މީހުން ކުރެ 8 މީހުންނަކީ ވެސް އިންޑިއާ މީހުންނެވެ. އަނެއް ދެ މީހުންނަކީ އެ ތަނަށް އައިސް ގޮސް އުޅޭ ބަންލާދޭޝް މީހުންނެވެ. ޔާމީން ބޭނުންވާ މިންވަރަށް އިންޑިއާ އައުޓް ނުވިޔަސް އަނދައިގެން އެ އިމާރާތުން އައުޓް ކުރަން ޖެހުނީ މުޅީންހެން އިންޑިއާ މީހުންގެ ހަށިތަކެވެ. ޕާކިސްތާނުން ކިޔެވި ދިވެހިންނާއި  ޕީޕީއެމް އަކީ އިންޑިއާ އައުޓް ތަންޑިޔަލުގެ ދެކޮޅުގައި ކޮނޑު އަޅައިގެން ތިބި އެއް ބައެކެވެ.

    ދެންމެ މި ބުނި ނޮވެމްބަރު މަހުގެ އަލިފާނުގެ ހާދިސާއަކީ އެކީ އެއް ފަހަރާ އެންމެ ގިނަ ބަޔަކު އަނދައިގެން ރާއްޖޭގައި މަރުވި އަލިފާނުގެ ހާދިސާއެވެ. މަރުވި މީހުންގެ ރައްޓެހިންނާއި ގާތް މީހުން އަލިފާން ރޯވި އެ ސަރަހައްދާއި، ގަލޮޅު ސަހަރާގައި ހުންނަ ކަށްކޮށާރު ބޭރުގައި މަގުތައް މަތީ ހިތާ ފިތް ފައި ދަށުލައިގެން ހިތާމަކޮށް ރޮއެ ހޭރުނެވެ.

    އެ ހާދިސާގައި ދިވެއްސަކަށް ކަމެއް ނުވީތީ ޝުކުރު ހުއްޓެވެ. ހަމަ އެ ގޮތަށް ދިވެއްސަކަށް ކަމެއް ނުވާތީ ކަމެއް ވީހެން ވެސް ދިވެހިންނަށް ހީނުވާ ކަހަލަ ގޮތަކަށް ގޮސް މިހާރު އެ ކަމަކީ ނުވާ ކަމެކޭ ދާދި އެއް ފަދައެވެ. މީހުން ނިދާފައި ތިއްބާ ކުއްލި އަކަށް ހުޅުރޯވެ އިމާރާތް އެކީ އަނދާ ހުލިވި ސަބަބު އަދި މުޅިއަކުން ސާފެކޭ ބުނާ ހިތެއް ނެތެވެ.

    ރޭ މެންދަމަކީ 16 ޑިސެމްބަރެވެ. އެނދި އިންޑިއާ 8 މީހުންގެ ހަށިގަނޑު އައުޓް ކުރި ފަހުން އަދި މިވީ އެންމެ ފަސް ހަ ހަފްތާ އެއްހާ ދުވަހެވެ. އަނެއްކާ ވެސް މާ ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ. ހަމަ މެންދަމުގެ ދާދި އެއް ވަގުތެއްގައި މީހުން ނިދަން ތިބޭ ގަޑީގައެވެ. ތިލަމާލެ ބްރިޖް އަޅާ އިންޑިއާ ކުންފުނި އެފްކޮންސްގެ މުވައްޒަފުން ނިދަން ތިއްބާ، ގުޅިފަޅުގައި ހުރި ނިދާ ތަނުގައި ކުއްލި އަކަށް ރޯވެއްޖެއެވެ. 500 އާއި ގާތްކުރާ އަދަދަކަށް މީހުން ނިދާފައި ތިއްބާ ފެނުނީ ތަނުގައި ރޯވެފައި ހުއްޓައެވެ.

    އަގީދާއާ ގުޅުވާ ކަރުބުރިކޮށް ކަނޑު ފެއްތި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެ މަރުގެ ތަހުގީގު ރިޕޯރޓް ނެރުތާ ގިނަ އިރެއް ނުވެއެވެ. އެއީ އިންޑިއާ އިން އަންގައިގެން ނެރުނު ރިޕޯރޓެއް ކަމަށް އިދިކޮޅުން ބުނި ފަހުން ވީލަހެއްވީ އެ ތަނުގައި ނިދާ ބަޔަކު ރަނގަޅަށް ނިދި ގަދަވާން ވީލަހެކެވެ. 70 އަށް ވުރެ ގިނަ މީހުން އެތިބީ ހޮސްޕިޓަލުގައެވެ. ހާލު ބޮޑު ސީރިއަސް މީހުން ތިބީ ކުރީ ހަދީސާގައި މަރުވި މީހުންނާ ގާތްކުރާ އަދަދަކަށެވެ.

    ތިމަންމެންގެ ރައްޔިތުންނާ ދެކޮޅަށް ތިޔަ ގައުމުގައި ހަނގުރާމަ އިއުލާންކޮށް ހަމަލާދީ މީހުން މަރަނީއޭ ބުނެ އިންޑިއާއިން ވަރުގަދަ ފިޔަވަޅެއް އަޅަން ބޭނުން ވަނީ ހޮދު އިންޑިއާ އިންތޯ ނުވަތަ އިންޑިއާ އައުޓް އިދިކޮޅު ހަރަކާތުންތޯ ބުނާނެ ވަކި ހުއްޖަތެއް އަދި ނެތެވެ.

    ރާއްޖޭގައި ތިބި އިންޑިއާ މީހުން ޓާގެޓް ކުރަނީ އިންޑިއާގައި އުޅޭ ދިވެހިން ޓާގެޓްކޮށް އެ މީހުންގެ ފުރާނަ ނުރައްކަލަށް ހުށައެޅުމުގެ ބޭނުމުގައިތޯ ވެސް ސާފެއް ނޫނެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާ ހިނގި ސަބަބު ވެސް އަދި ސާފެއް ނޫނެވެ.

    އެހެނަސް ސާފުވާ އެއް ކަމެއް އެބަ އޮތެވެ. ހިނގަމުން މި ދަނީ ނުރައްކާތެރިކަން ލާނިހާޔަތުގައިވާ ކަންކަމެވެ. މި ކަމަށް ސަމާލުކަން ދޭންޖެހޭ މިންވަރު އެތައް  ގުނަ އަކުން ފެންނަނީ ދަށް ކޮންނެވެ.

    މެންދަމު ރޯވި އަލިފާންގަނޑު އަނދަމުން ދިޔަ އިރު ނިކުތް ބަޔަކު ނުކުމެ މާލޭގެ ފާރުތަކަށް އިންޑިއާ އައުޓް ސްޕްރޭ ކޮށްފިއެވެ. ވީކަންތަކާ ދިން މެސެޖް ވަރަށް ސާފެވެ.

    ]]>
    Fri, 16 Dec 2022 19:03:43 +0500 ހީރަސް
    ރިލުވާނު ގެއްލުވާލުމުގައި އެމްޑީއޭގެ ދެ މީހުން https://heerasnews.com/805 https://heerasnews.com/805 ގޮތްނޭގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ ހަގީގަތް ހޯދުމަށް ރައީސް ކޮމިޝަނެއް އުފެއްދެވުމުން އެކަމާ ކަންބޮޑުވެ އެންމެ ބާރަށް ހަޅޭލީ ޕީޕީއެމުންނެވެ. ކޮމިޝަން އުފެދުނު ފަހުން އެކޮމިޝަންގެ މަސައްކަތުގެ ނަތީޖާ ނުފެނިގެން ވެސް އެހާ ބާރަށް އެމީހުން ހަޅޭލިއެވެ. ލިބި ހުރި ހެކިތަކާއި ގަރީނާތަކުގެ މައުލޫމާތު ނުލިބިގެން ވެސް އެހާ ވަރުވިއެވެ.

    އެހާވަރަކުން އެކަމެއް ސާފުނުވެގެން އެހާ ހަޅޭކެއްލީ ސަބަބު އެހުރެ ސާފުވަނީއެވެ. ސިޔާސީ ވާހަކައަކަށްވުރެ އެހަޅޭވެގެން ގޮސްފައިވަނީ މިސްކިތު ހުޅުޖެހުމަށެވެ. މަށޭ ކިޔަނީ ކިހާ ވަރަކަށްތޯ ބެލުމަކީ އެލީ ހަޅޭކުގެ އަސްލެވެ. ގޮތްނޭގޭ މަރާއި މީހުން ގެއްލުމާއި ކޮންމެވެސް ހިސާބަކުން ޔާމީނާ ގުޅޭ ގުޅުމަކީ އިއްތިފާގެއް ހެއްޔެވެ.

    ޑރ. އަފްރާސީމްގެ ގަތުލު ވެސް ޔާމީނާ ގުޅުން ހުރިކަމަށް ވަރަށް ފާޅުގައި މީހުން ކިޔާ އުޅެއެވެ. ހޮދު ޔާމީނުގެ ހޯމްމިނިސްޓަރުކަން ކުރި އުމަރު ނަސީރު ވެސް އެ މޭރުމުން އެ ވާހަކަ ދައްކާ އެތައް ހުއްޖަތެއް ގާއިމުކުރިއެވެ. މި އުޅެނީ އެ ވާހަކަ ދައްކާކަށް ނޫނެވެ.

    ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިލްވާނުގެ ކަންކަން ހިގާފައިވާ ގޮތް ބެލި ބެލުމުން ރިޔާސީ ކަމިޝަނަށް ފާހަގަ ކުރެވުނު ކަންކަމުގެ ރިޕޯޓް ރައީސަށް އެރުވުމުން ބަޔަކު މީހުން ގައިން ހީބި ނަގައިގެން ތެޅެފޮޅެން ފެށުމުން ލައްކަ ސަޅި މަންޒަރެއް އެބަ ކުރެހެއެވެ.

    ރިޕޯޓަކީ ބުންޏޯ ބުންޏޯ އެއްޗަކަށް ވެއްޖެއެވެ. މަރު ކޮމިޝަންގެ ރިޕޯޓަކީ ސިޔާސީ ޑްރާމާއެއް ކަމަށް ހަދާ ކަމުގެ ސީރިޔަސްކަން ކަނޑުވާލުމަށް ފާޑު ފާޑަށް ވާހަކަ ދައްކަން ފަށައިފިއެވެ. ކުރީގެ ރައީސް ޔާމީނަށް އިނގިލި ދިއްނުކުރެވި އެހެން ކޮންމެވެސް މީހަކަށް އިނގިލި ދިއްކުރެވުނު ނަމަ އެރިޕޯޓަކީ ނިކަން ފުރިހަމަ ރިޕޯޓެއް ކަމަށް އެ މީހުން ބުނާނެތެވެ. ރިލުވާނުގެ މައްސަލާގައި އެހާތަނަށް ހޯދި ހޯދުންތަކުން ޔާމީނުގެ ބައިވެރިވުމެއް އޮތްކަމަށް ފާހަގަ ނުކުރެވޭ ކަމަށް މަރުކޮމިޝަނުގެ ކުރީގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައި ވާތީ އެއީ ފިސާރި ބޮޑު ވާހަކަ އަކަށް އެބަހަދައެވެ. ކުރިން ކަމެއް ނުފެނުމަކީ ފަހުން އެހެން ހަގީގަތެއް ފާޅު ނުވާން އޮތް ސަބަބެއް ނޫންކަން ގަބޫލު ކުރާކަށް އެ މީހުން ބޭނުމެއް ނުވާނެތާއެވެ.

    ކަންކަން ހިނގާ ނިއުޅެމުން ދާގޮތް ބަލަން ތިބި ބަޔަކަށް މަންޒަރު ފެންނަ ގޮތް ތަފާތެވެ. 2013 ގައި ޔާމީނު އަބްދުލްގައްޔޫމު ވެރިކަމަށް އައީ ޕްރޮގްރަސިވް ކޯލިޝަން ކިޔާ ބޮޑުކޯލިޝަނަކުންނެވެ. ވެރިކަމުގެ ކުރީކޮޅު ކޯލިޝަންގެ ގިނަ ބައިވެރިން ފައްސާ ނަގާލި އިރު ކޯލިޝަން ޕާޓްނަރ އެމްޑީއޭ ގަދަކޮށް ކޯލިޝަނުގައި އޮތެވެ. އެމްޑީއޭގެ ލީޑަރ ސަން ޝިޔާމް ހުންނެވީ އެންމެ އަރިހުގައެވެ.

    ބާބުލްއަވާލީގައި ޖަނާބުގެ ކްލާސް ތަކުގެ ތެރެއިން ސަލަފީންނާއި ޝިޔާމުގެ ބަދަހި ގުޅުމެއް އޮތުމަކީ މައްސަލައެއް ނޫންތާއެވެ. ސަލަފީ ހަރަކާތް ތަކަށް ފަންޑް ކޮށްދީ ސަން މީޑިއާ ސަލަފީންނަށް ހިތަކަށް ދީފައި އޮތުމަކީ ވެސް މައްސަލައެއް ނޫންތާއެވެ. އަނެއް ކޮޅުން ކުރިއްސުރެ ސަންޓްރެވަލުން ބައިއަޅާ މީހަކަށް ޔާމީނުވެފައި އޮތުމަކީ އިއްތިފާގެކެވެ.

    މޮޔަމީހާ ސޯސަލް މީޑިއާގައި އެޖެހި ސަކަރާތެއް ޖަހައިގެން މަރު ހައްގުވުމާ ނުވުން ކަނޑައަޅާނީ އިސްލާމީ ޝަރީއަތުގެ ތެރެއިން ނޫންހެއްޔެވެ. ބަޔަކު ހިތައް އަރާއިރަށް ކަރާމާތްތެރި ވެގެންވާ ނަފްސުތައް އުދުއްސާލުމަކީ އެއްވެސް ބަޔަކަށް އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫންކަމަށް ދީނުގެ އިލްމުވެރިން ބުނެ އުޅޭތީ އަހަމެވެ. ދީނުގެ ހައްގުގައި ވެސް ނަފްރަތު އުފެއްދުމަކީ ހުއްދަ ކަމެއް ކަމަށް ދަންނަ ބޭކަލަކު ބުނާތީ ވެސް ނާހަމެވެ.

    ރިލްވާނު ގެއްލުވާލުމުގެ ބައިވެރިއެއް ކަމަށް ބުނާ މީހަކު ރައީސް ޔާމީނުގެ އެއް ބާރުލުންދީގެން ފުރުވާލިކަމަށް ކޮމިޝަނަށް މައުލޫމާތު ލިބިގެން ތަހުގީގަށް ޔާމީނު ހާޒިރު ކުރުމުން އެކަމާ ދެކޮޅު ހެއްދެވުމެއްނެތި ހުންނެވީ ހަނެވެ. ތުހުމަތުން ބަރީއަވުމަށް ދެކޮޅުހެއްދެވުމެއް ނެތި ހަނު ހުންނެވުމުން ރިލްވާނު ގެއްލުވާލުމުގެ މައްސަލަ ޔާމީނާ ގުޅުމެއް ނެތޭ ބުނަން އޮތީ ކޮންޖާގައެއް ހެއްޔެވެ.

    އަނެއް ކޮޅުން މަރުކޮމިޝަނުން ނެރުނު ރިލްވާނުގެ ރިޕޯޓު ނެރުމާ އެކު އެމްޑީއޭގެ ޑެޕިއުޓީ ލީޑަރ ޑރ. ރަފިއްޔާ ފުންމައި ގަތީމާ މި ވަނީ ކީއްތޯ ބަލާލިއިރު ކަމަކު ދާކަށް ނެތެވެ.

    ރިލުވާނު ގެއްލުވާލުމުގައި އަމަލީ ގޮތުން އުޅުނު ކަމަށް ބުނާ ހަ މީހުންގެ ތެރެއިން ދެމީހުން އެމްޑީއޭގެ ދެމެންބަރުން ކަމުގައި ވުމަކީ ކުޑަ އިއްތިފާގެއް ނޫނެވެ.

    ]]>
    Fri, 16 Dec 2022 16:37:57 +0500 ހީރަސް
    ޕެރޫގެ ރައީސް މަގާމުން ބާލާ ޖަލައްލުމުން ރައްޔިތުން މަގުތަކަށް! https://heerasnews.com/804 https://heerasnews.com/804 ޕެރޫގެ ރައީސް މަގާމުން ބާލާ ޖަލައްލުމުން ރައްޔިތުން މަގުތަކަށް!

    މިދިޔަ ހަފްތާގެ ބުދަ ދުވަހު ޕެރޫގެ ރައީސް ޕެޑްރޯ ކާސްޓިއްލޯގެ މައްޗައް އިތުބާރުނެތް ކަމުގެ ވޯޓެއް ފާސްކުރިއެވެ. ޕެރޫގެ ގާނޫނު ހަދާ މަޖިލީހުން ކާސްޓިލްލޯ ވަކިކުރިތާ މާގިނަ އިރެއްނުވެ ޕެރޫގެ ނައިބް ރައީސާ ޑީނާ ބޮލުއާޓޭ ރައީސް ކަމުގެ ހުވާ ކުރައްވާ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިއެވެ.

    ޕެރޫގެ ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ހަމަ އެ ދުވަހު ކުރީގެ ރައީސް ޕެޑްރޯ ކާސްޓީއްލޯގެ މައްޗަށް ބަގާވާތް ކުރުމާއި ދައުލަތާ ދެކޮޅު ހަރަކާތް ރާވާކަމުގެ ތުހުމަތުގައި ޖަލަށް ލާފައެވެ.

    ކުރިން ސުކޫލް ޓީޗަރުކަމާއި ޔުނިއަން ލީޑަރުކަން ކުރެއްވި ރައީސް ކާސްޓިއްލޯ މަގާމުން ވަކިކޮށް ޖަލަށް ލުމުން ރައްޔިތުން ވަނީ ރުޅިގަދަވެ މުޒާހަރާތައް ކުރުމަށް މަގުމަށްޗައް ނިކުމެފައެވެ. މުޅި ޕެރޫގެ ހުރިހާ ހިސާބު ތަކެއްގައި ވެސް ދަނީ މުޒާހަރާތައް ކުރަމުންނެވެ. ހާއްސަކޮށް ޕެރޫގެ އުތުރުގެ ސިޓީތަކާއި އަންޑިއަން ޓައުންގައި މުޒާހަރާތައް ވަރަށް ވަރުގަދައެވެ.

    ޕެރޫގެ ފުލުހުންނާއި އާންމުންގެ ކުރިމަތިލުން ތަކުގައި މިހާތަނަށް 2 މީހަކު މަރުވެ އެތައް ބަޔަކަށްވަނީ އަނިޔާތައް ލިބިފައެވެ. އިއްޔެގެ ވަގުތެއްގައި އަންދަހުޔަލަސް ޓައުނުގެ މުޒާހަރާގައި ފުލުހުން ބަޑި ޖެހުމުގެ ސަބަބުން 2 ޒުވާނަކު މަރުވުމާއި ގުޅިގެން މުޅި ޕެރޫގައި ވަނީ މުޒާހަރާތައް އިތުރަށް ހޫނުވެފައެވެ.

    ރައްޔިތުންގެ ޕްރެޝަރުގެ ސަބަބުން ރޭގެ ވަގުތެއްގައި ޕެރޫގެ ރައީސާ ޑީނާ ބޮލުއާޓޭ ގައުމާ މުހާތަބުކޮށް އަވަސް އިންތިހާބެއް ބާއްވާނެކަން ވަނީ އިއުލާނު ކުރައްވާފައެވެ. މިހާރު އޮތް ގޮތުން ނަމަ ޕާލަމެންޓް އިންތިހާބެއް ދެން ބާއްވާނީ އޭޕްރީލް 2024 ގައެވެ. ނަމަވެސް ރޭގައި އިންތިހާބު އަވަސް ކުރުމަށް ކުރެއްވި އިއުލާނާއި ގުޅިގެން މާގިނަ ދުވަސްތަކެއް ނުވެ އިންތިހާބު ބާއްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

    ޕެރޫގެ ސިޔާސީ މަސްރަހު ހޫނުވެގެން އުޅޭތާ ދުވަސް ތަކެއް ވެއްޖެއެވެ. ޕެރޫގެ ރައީސް ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ލުމާއި އެކު ރައީސް ކާސްޓީއްލޯ ވަނީ ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ ގަރާރެއް ނެރެ މަޖިލިސް އުވާލާފައެވެ. މިކަން ވެގެން ދިޔައީ ޕެރޫގެ ރައީސް ކަމުން ކާސްޓީއްލޯ ބޭލުމަށް މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކަށް ކާސްޓީއްލޯ ބޭރު ކުރުމަށް އިތުރަށް ފަސޭހަވެގެން ދިޔަ ކަމަކަށެވެ.

    ކާސްޓީއްލޯ އަކީ ރައްޔިތުން މަގުބޫލުކަން އޮތް ލީޑަރަކަށް ވާތީ ޕެރޫގެ ކަޖަމާރާ، އެރިކުއިޕާ، ހުވަންކަޔޯ، ސުސްކޯ އަދި ޕޫނޯ ގައި ވަރަށް ގިނަ ރައްޔިތުން ބައިވެރިވި މުޒާހަރާ ތަކެއް ސަންޑޭގައި ވަނީ ބާއްވާފައެވެ. މި މުޒާހަރާ ތަކުގައި ރައްޔިތުން ގޮވަމުން ދިޔައީ ރައީސް މަގާމުން ވަކިކުރީ ބަގާވާތް ކޮއްގެން ކަމަށާއި ރައީސް ކާސްޓީއްލޯގެ ދައުރު ހަމަވާ ހިސާބަށް ( 2026 ހަމައަށް ) އަލަށް ހުވާކުރި ކުރީގެ ނައިބް ރައީސާ ބަލުއާޓޭ ރައީސް ކަމުގައި ނުހުރެވޭނެ ކަމަށާއި ވަގުތުން އިންތިހާބެއް ބޭއްވުމަށެވެ.

    މި މުޒާހަރާ ތަކުގެ ބައެއް ބައިވެރިން އެއަރޕޯޓް ހިފާ، ފުލުހުންނަށް ގާއުކާ، ތަން ތަނަށް ގެއްލުން ދެމުން ގެންދާ ކަމަށް ސަރުކާރުގެ އޮފިޝަލުން ދަނީ ވިދާޅުވަމުންނެވެ. މުޒާހަރާތައް މައިތިރި ކުރުމަށް ފުލުހުން ރަބަރު ވަޒަން އަދި އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރަމުން ދާތީ ދުނިޔޭގެ ބޮޑެތި ގައުމު ތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

    ]]>
    Thu, 15 Dec 2022 18:41:12 +0500 ހީރަސް
    ޓްވީޓަކުން ކޮށި އަރުވާލެވޭ ވަރަށްވުރެ އިބޫ މާގަދަ! https://heerasnews.com/803 https://heerasnews.com/803 ތިމާއަކީ މީހެއް ނޫން ކަމަށްވެ ބަޔަކު ބަލައި ނުގަނެ ބާކީ ވީމާ ސަމާލުކަން ހޯދަން ޒާތްޒާތަށް މީހުން އުޅެއެވެ. ހަ އަނގަ ޖަމީލު ބާކީވެ ބޮލުރޮދި ކަންޑިގެން އެނބުރޭ ގުޑިއެއްހެން އެނބުރެ އެނބުރެ ބައިންގަނޑު ކެޑިއްޖެއެވެ. މީހަކު ކަހާތަން ހިރުވާ ވެސް ނުލައެވެ. ކުޑަ އިރުއްސުރެ ނެތް ވަރު ދައްކާ ދަންނަކަން ބުނަމުން އަމިއްލަ ސަހުސިއްޔަތު ބިނާ ނުކުރެވި މީހެއްގެ ތައްޕާހުގައި ނޫނީ ހިރެ ނުލެވޭ ބޯގޯހަކަށް ވުމަކީ އެހެން ބައެއްގެ ކުށެއް ނޫނެވެ.

    ބިޔަހެން ހީވާ ބޮޑެތި މަސްމަހުގެ ބަނޑުދަށަށް ވަދެ ތަތް ކޮށްލައިގެން އައްޓަމަސް އިންނަ ކަމެއް ބޮޑު މަހަކަށް ނޭގޭނެއެވެ. ކިތަންމެ ވަރަކަށް އައްޓަ މަހެއް ފޮނު އެރުވިޔަސް ބޮޑު މަހަށް ކުޑަވެސް އަސަރެއް ނުކުރެއެވެ. މަސް އޮތް ލޮނު ގަނޑުން ބޮތްކެއްހާ ހިސާބު ވެސް ފާޅެއް ނުވެއެވެ. ހަ އަނގަ ޖަމީލެކޭ އައްޓަ މަހެކޭ ތަފާތެއް ނެތެވެ. އިންސާފުގެ ގޮނޑީގައި އިނދެ މަހުޖަނެއްގެ ތަރިކަ މުދާގަޑުން ހައްގުނޫން ބަޔަކަށް މުދާ ގަނޑެއް ދަމައިގެން ދީގެން އަންހެނަކާ ފޭކް ޕީއެޗްޑީއެއް ހޯދުން ނޫން ކަމެއް ހަޔާތުގައި ކުރެވުނީއެއް ނޫނެވެ.  

    އިލްމުގެ އަހުލެއް ކަމަށް ދެއްކެން ނަމުގެ ކުރީގައި ޑރ ޖަހައިގެން އުޅުނެއް ކަމަކު ހަ އަނގަ ޖަމީލު އަރުވާ ފޮނު ބަލާ މީހަކު މިހާރަކު ނޫޅެއެވެ. ފަތަފޮޅި ދަށުލީ ފަތްގަޑަށް ވާވަރުވެސް އެންމެ ފަހަރަކު ވެސް ޖަމީލަކަށް ވަނީއެއް ނޫނެވެ. މައުމޫނު އަރިހުގައި ދަންނަ ފަގުޑި ބޮލު އަޅައިގެން ތެޅިތެޅި ބަލިވީ އިރުވެސް ވީކަމެއް ހަރާމުން ހަރާމެވެ. ހަދައިގެން އުޅުނު ނިއުމޯލްޑިވްސް އޮޅާލާފައި ޖަހަން ޖެހުނީ ޒާތެއްގެ ތަނަކަށެވެ.

    ލަހެއް ނުވެ ފެނުނީ ޑރ. ހަސަން ސައީދުގެ ބަނޑު ދަށުންނެވެ. ހެދި ޕާޓީގަނޑު އުވިގޮސް އެކުވެރިކަން ކެނޑި ދިޔައީ ޝަރީއަތުންނެވެ. ގާސިމުގެ ބަނޑުވަލަށް ވެގެން އުޅުނީ ކިތަކަށް ފަހަރު ކަމެއް ހޮދު ތިމާއަށް ނޭގޭނެއެވެ. ޔާމީނުގެ ބައިންގަނޑުގައި އެލިގަނެގެން ކުރިން އުޅުނު އިރު ހިވީ މަވަރެއް ނެތް ހެނެވެ.

    ޔާމީނު އެ ފަހަރު ހެދީ ރަނގަޅަށެވެ. ހިސާބަށްވުރެ ފާޓުފުޅާވެ ވައްވައް ޖަހަން ފެށުމުން ރީތި ގޮތަކަށް ދޮޅި އަޅާލީމާ އަންނިގެ އުގަށް ވެއްޓިގަނެގެން ވެސް ފޭބީ ހުޅުބެވެ. އަނެއްކާ ޔާމީނަށް ހެޔޮ އެދި ގަނެގެން ޔާމީނުގެ ތެއްފޭލި އުފުލަން އުޅުނަކަސް ކަހަރު ވަކެކޭ ވެސް އެއްވެސް މީހަކަށް ހިޔެއް ނުވެއެވެ.

    މަޝްހޫރުކަން ހޯދަން ދޮގު މައްޗަށް ދޮގު ހަދަމުން ބޮޑެތިހާ ގަސް ގަހަށް އުކާ ގަޅިގަނޑު އައިސް ޖެހެނީ އަމިއްލަ ބޮލުގައިކަން ޖަމީލަކަށް ނޭނގެއެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަނި ހެދިގެން ކުރާ ޓްވީޓަކުން ކޮށި އަރުވާލެވޭ ވަރަށް ވުރެ އިބޫ މާ ގަދައެވެ. ދޭނެ މީހަކު ނެތަސް އެއް ސަރުކާރަކުން ވެސް ރޮދިކެޑި އަވާރާ ވެގެން ފޮނު އަރުވާ ޖަމީލަށް ދޭނެ މަގާމެއް ދެން ނެތެވެ.

    ]]>
    Thu, 15 Dec 2022 17:37:56 +0500 ހީރަސް
    ޔާމީނުގެ ސުންޕާކަން ލައިގަތީ މޮރޮކޯއަށް https://heerasnews.com/802 https://heerasnews.com/802 ރޭވެއަލި ވިލުނުއިރު އަތޮޅެއް ވިއްކާލާ ޑޮލަރު ބޮޑި ޕަކަޅާ ކޮށްލަން ހިތުލައިގެން ގުޅުން ކަނޑާލި އަރަބި އިސްލާމީ ގަތަރުގައި ބާއްވާ ވޯލްޑްކަޕަށް މިކަލޭގެ މާ ހިތްހެޔޮ އިސްލާމީ ވެގެން އުޅުމަކީ ބޮޑު ފޭކެކެވެ. ގަތަރާ ގުޅުން ކަނޑާލި އިރު މިކަލޭގެ މިހާރު މި ދައްކާ އިސްލާން ކަންއޮތީ ސޫދީން ދޭންބުނި ޑޮލަރު ބޮޑިގައެވެ.

    އިސްލާމް ދީނުގެ ކަންފުޅެއްވެސް ހުންނަ މީހަކު ނަމަ ހުކުރަށް ގޮސްއުޅެއެވެ. މިކަލޭގެއަކީ ހައްދަވައިގެން ހުކުރަކަށް އަރާ މީހެއް ނޫނެވެ. އިސްލާމްކަން ބޮޑުކަމުން ހުކުރަކުން މިކަލޭގެ ދެކޭ މީހަކު ނޫޅެއެވެ. ތަންޑިޔާ ލައިގެންވެސް މިކަލޭގެ ހުކުރަށް ގެންދަން ޕީޕީއެމް މެނެފެސްޓޯގައި ލިޔަން ޖެހޭހާ ވެއެވެ. އެވަރު މީހަކު ހުރި ލާދީނީކަން ފޮރުވަން މާ ދީނީ ވެގެން ފޭކްކޮށްޖ ެއްސި މޮރޮކޯ ޖާޒީގެ ސުންޕާކަން ލައިގަތީ މޮރޮކޯއަށެވެ.

    މުޅި މެޗްގެ %62 ކުޅެ ލަނޑު ޖަހާން ލިބުނު އެތައް ފުރުސަތެއް މޮރުކޯއަށް ގެއްލުނީ މި ބޮޑު ފޭކް ޕްލާސްޓިކް ހިނިތުން ވުމެއްގައި ހުރެ މޮރޮކޯ ޖާޒީއާއި ހަވާލުވެ ހުރެ ނެގި ފޮޓޯއެއްގެ ފޭކް ކަމުންނޭ ބުނާހާ ވެއެވެ.

    ރަނގަޅައް ވިއްޔާ މެޗު ކުޅުނު ގަޑީގައި އިންނާނީ ނަންބަރ ފޯރ ފަޓްލޫނެއްގެ އުދާސް ގަނޑު އަރުވައިގެން އަމިއްލަ ދުފާއެއްޗެހި ހިރުވަން މެޗް ނުބަލާ އަންދޮޅު ގޭ ކުދިން ކޮޅަކާއެކު ފަލަމަސްގަނޑަށް ހުކުން ޖަހަން ދީގެން ތާސް ކުޅޭށެވެ.

    ]]>
    Thu, 15 Dec 2022 14:01:29 +0500 ހީރަސް
    ސިވިލް ސަރވިސް ބޭނުން ކޮށްގެން ފަސާދަ އުފެއްދުން https://heerasnews.com/801 https://heerasnews.com/801 ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ނާޖާއިޒު ފައިދާ އިދިކޮޅުން ފިސާރި ރަނގަޅަށް އެބަ ނަގައެވެ. ދުރާލާ ރާވައިގެން ދައުލަތުގެ މުއައްސަސާތައް ފާލުން ނައްޓާލުމަށް ގިނަ މަސައްކަތް ތަކެއް ޔާމީނު އެބަ ކުރުވައެވެ. ކުރިއްސުރެ ސަރުކާރު އޮފީސް ތަކުގައި ތިބި ޔާމީނުގެ ވަފާތެރިން އެ މަސައްކަތް ޔާމީނަށް ކޮށްދެނީ ނިކަން ހީލަތްތެރި ގޮތަކަށެވެ.

    ސިވިލް ސަރވިސްގެ މުއައްޒަފުންގެ ގޮތުގައި ތިބި ބަޔަކު ބޭނުން ކޮށްގެން ޔާމީނު ވަރަށް ބޮޑެތި ފިތުނަ ފަސާދަ އުފައްދާ ކަންކަން ލަސްކޮށް ފަސްކޮށް ރައްޔިތުންނަށް ދުއްޕާ ކުރުވަނީ ހައްދެއް ނެތް މިންވަރަށެވެ. ކުރިއްސުރެ ހަލުވިކަމާއެކު ދެވެމުން ދިޔަ އެތައް ހިދުމަތެއްގެ ބުރަކި ޖައްސާ ދިގު ދެންމުމުގައި މުއައްސަސާތައް އޮތީ ހައްދުން ނައްޓުވާފައެވެ. ދޮންކަޅު އަންގާނުލާ ސަރުކާރު ބަދުނާމު ވާހެން ކޮރަޕްޝަނާއި ފަސާދަ ހިންގުމުގައި ތިބީ އަތް އަނބުރާލާފައެވެ.

    ވަގުހަން ލައިގެން ފިލާ ތިބެ ރައްޔިތުންގެ ތެރޭގައި ނަފުރަތު އުފެއްދުމަށް ފޫގަޅައިގެން ތިބި އެތައް ޕާމަނަންޓް ސެކެރެޓަރީންނާއި ޑީޖީންނާއި ޑިރެކްޓަރުން ދައުލަތުގެ މުއައްސަސާ ތަކުގައި އެބަތިއްބެވެ. ފަސޭހަ ކަމާއެކު ކޮށްލެވެން ހުންނަ އެތައް ކަމެއްގެ ޕްރޮސީޖަރ ދިގުކޮށް މީހުނަށް އުދަނގޫ ވާހާ ގޮތް ގޮތަށް ބައްޓަން ކޮށްގެން ރައްޔިތުންނަށް ތަކުލީފު ޖެއްސުމަކީ މި ބައި މީހުން ރާވައިގެން ހިންގާ ބޮޑު ޖަރީމާއެކެވެ.

    އައިޑީކާޑާއި ޕާސްޕޯޓުން ފެށިގެން ނޫންކަމެއް ނެތެވެ. ކޮންމެ ކަމެއްގައި ބިއުރޯކްރަސީ ބޮޑު ކޮށްލައިގެން މުއައްސަސާ އަކުން ކަމެއް ކުރުމަކީ ވައިނުޖެހޭ ދުވަހެއްގައި ރިޔަލު ދޯންޏެއް ދުއްވަން އުޅުން ކަހަލަ ކަމަކަށް އޮންނަނީ ހަދާފައެވެ. އަޅުވާ ހަމަތަކުގެ ގިނަ ކަމުން ތަންދޮރު ނޭނގެއެވެ.

    މިސާލެއްގެ ގޮތުން ކުރެވޭ ކުދުކުދި ބައެއް ކަންކަން ފާހަގަ ކޮށްލާނަމެވެ. އެއްވިއުގަ އަކުން މުއައްސަސާތައް ގުޅާ ލެވިފައި އޮތަސް ކޮންމެ ކަމަކަށް އައިޑީ ކާޑްގެ ފޮޓޯ ކޮޕީއެއް އަދިވެސް ބޭނުން ވެއެވެ. ކަންކަމަށް އެދި ފުރަންޖެހޭ ފޯމް އޮންނަނީ ކަށްވަޅުގައި އޮތް މުނިކާފަގެ ސޮއި ވެސް ލިބިގެން ނޫނީ ފުރިހަމަ ނުވާ ހިސާބުގައެވެ. ކަމެއް ސާފުކޮށްލަން ޖަވާބު ދާރީ ވެވޭވަރުގެ މީހަކާ ފޯނަކުން ގުޅާ ނުލެވެއެވެ. މުއައްސަސާއެއްގައި ފޯނު ނަގާ ލޭންޑް ލައިނެއް ނުހުރެއެވެ. މިހެން ކިޔާފާ ނުކިޔާނެ އެއްކަމެއް ނޯވެއެވެ. ބޮޑު ކަމިޝަނެއް ހަދައިގެން ބަޔަކަށް ބޮޑު މުސާރަދޭ ސިވިލް ސަރިވިސްއެއް އޮތުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ.

    ވީޑިއޯ: ވޮއިސް

    ބިއުރޯކްރަސީއަށް ވުރެ ކުޑަނޫން މާ ބޮޑުކަމެއް ވެސް މުއައްސަސާތަކުގެ ތެރޭގައި އެބަ ހިގައެވެ. ބަސް ނޭހުމާ މުޒާހަރާ ކުރުމެވެ. ކަންކަން ބަލާން އޮންނަ އުސުލުތަކާއި ގަވައިދުތައް އެއް ފަރާތްކޮށް ހިތްހަމަ ނުޖެހޭ ކަމެއް ދިމާވުމުން ހަގީގަތާ ހިލާފަށް ހިތުހުރި ގޮތަކަށް ނޫސްތަކަށް މުއައްޒަފުން މައުލޫމަތު ދިނުމަކީ އާއްމު ކަމެކެވެ. ވިސަލްބްލޯ އަކީ އުސޫލާ ހިލާފަތް މައުލޫމާތު ލީކު ކުރުމާއި ދޮގު ވާހަކަ ހީވާހާ ގޮތް ގޮތަށް ފެތުރުމަށް އޮތީ ހަދާފައެވެ.

    ކަމުގެ ނުރައްކާތެރިކަން އޮތް ވަރަކީ ދަރިންނަށް ތައުލީމާ ތަރުބިއްޔަތުދޭ މަދަރުސާތަކާއި އިންސްޓިއުޝަން ތަކަށް މި ނުރައްކާތެރި ޖަރާސީމް ވެއްދުމެވެ. މައްސަލަ ބަލަން ވަރުވަރުން މުއައްސަސާތައް ހުންނައިރު އެ ތަންތަނަށް ނުގޮސް އުދާސް ބޭރު ކުރަން މުޒާހަރާ ކުރާ ތަނަކަށް އެންމެ ފަހުން ސްކޫލުތައް ވެސް ހެދީއެވެ. މިހާވަރުން ދަންޏާ ހަތީބާ ދެކޮޅަށް މިސްކިތުގައި ވެސް މުޒާހަރާ ކުރާނެއެވެ.

    ސިޔާސީ ބާރު ހޯދަން ބޭނުން ވިޔަސް ޔާމީނެއް ކަމަކު އެ ހައްދަނީ ގޯހެކެވެ. ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް ކުރަން ނުވާވަރު ކަންކަން ކުރުމުން އިޔާދަ ނުކުރެވޭ ވަރުގެ ދެރަ ކަންކަމުގެ ގެއްލުން ޒަމާން ތަކަކަށް ދެމިގެން ދާކަން ތަޖުރިބާއިން ވެސް އެނގޭނެއެވެ. ޒިންމާދާރު އިދިކޮޅު ހަރަކާތަކީ ހެދުނު އެއްޗެއް ހަދައިގެން ވެރިކަމަށް އަންނަން އުޅުމެއް ނޫނެވެ.

    ]]>
    Wed, 14 Dec 2022 21:20:55 +0500 ހީރަސް
    ދުންޔާއަށް: އެމްއެމްޕީއާރުސީ ހުންނަ ކަންވެސް ނޭނގޭނެ! https://heerasnews.com/800 https://heerasnews.com/800 ދުންޔާ މައުމޫނަކީ ދައުލަތުގެ ހަތަރު އަނާއެއްގައި ވެސް ޖެހިވަޑައިގެން ބޭފުޅެއް ނޫނެވެ. ދައުލަތުގެ ލޯލާރިއެއްގައި ވެސް އެކަނާފާނު ޖެހެވަޑައި ގަންނަވަން ވީ އެއްވެސް ސަބަބެއް ނެތެވެ. މަނިޓަރީ އޮތޯރިޓީއަކީ ކުޑަ އިރުއްސުރެ ވެސް ބައްޕާފުޅުގެ ވޮލެޓެވެ. އެއަރމޯލްޑިވްސްގެ ފްލައިޓް ތަކަށް އޭރު ތެޔޮ އަޅަނީ ވެސް މަންމާފުޅުގެ ކޭޝް ކާޑުންނެވެ. ފިރިކަލުންނަކީ ރާއްޖޭގެ އެންމެ މުއްސަނދި ޓައިކޫނުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

    ބައްޕާފުޅާ ބޮޑުބޭބޭ ފުޅުންނަކީ ދައުލަތުގެ ފައިސާއެއް ދުވަހަކު ދެކިވަޑައިގެން ބޭފުޅުންނެއް ނޫނެވެ. އެބޭބޭފުޅުންނަކީ ނުލާހިކު ފައިސާ ހިތި ބޭފުޅުންނެވެ. ޔާމީނެއް އިލްޔާސެއް ހަމީދެއް އައްބާހެއް ކިޔާނެކަމެއް ނެތްތާއެވެ. މިއިން ކޮންމެ ބޭފުޅަކާއެކު ފައިސާ ލަވަ ކިޔާލަ ކިޔާލާ ހުރީ އެބޭފުޅުން ބޭނުންފުޅު ވެވަޑައިގެނެއްނޫނެވެ. އޭޓީއޭ އާއި އެފްޕީއައިޑީއާއި އެމްއީބީއާއި އެއަރމޯލްޑިވްސްއާއި އެމްއެސްއެލްއާއި ބަނގުރޫޓްވީ އެބޭބޭފުޅުން ލާރިއެއް ފަރިއްނުކުޅުވާތީއެވެ.

    އެމްއެމްޕީއާރުސީއެއް ކަމަކު ވާނީ އެހެންތާއެވެ. ވެރިކަމުގައި ހުންނެވީ ޔާމީނެވެ. ދުންޔާ ހުންނެވީ ހަރިޖިއްޔާ ހިންގަވާށެވެ. އެއިއްޔަކީ އެމްއެމްޕީއާރުސީން ބޭރުފަރާތް ތަކާއެކު ހެދިހާ ވަގުޑީލެއްގެ އެއްވެސް މައުލޫމާތެއް އެނގޭވަރުގެ މަގާމެއް ނޫންތާއެވެ. އެމްއެމްޕީއާރުސީއަކީ އޮންނަތަނެއް ކަމެއްވެސް ދުންޔާ މައުމޫނަކަށް އެނގި ވަޑައެއް ނުގަންނަވާނެއެވެ.

    ސިޔާސީ މަގާމު ތަކުގައި ތިއްބަވައިގެން މިލިޔަން މިލިޔަނުން ފަރީއްކުޅުއްވައިގެން ތިއްބެވިޔަސް އެއީ އެވަރުކަމެއް ހެއްޔެވެ. އެއިން އެއްވެސް ބޭފުޅަކު ހިންގުމުން ބޭރުގައި ތިއްބަވަނިކޮށް ފަސާދައިގެ ތުހުމަތެއްގެ މައްސަލަ ބެލުން ވާނީ ދެވޭ ސިޔާސީ ހަމަލާއަކަށެވެ. އެ ބެބޭފުޅުންނަކީ ކުށެއް ބުށެއް ހަޔާތުގައި ވެސް ކުރެއްވި ބޭފުޅުންނެއް ނޫން ވިއްޔާއެވެ.

    ތުހުމަތު ކުރެވޭ ފަސާދައިގެ މައްސާލައެއްގައި ދުންޔާ މައުމުނާ އޭސީސީއެއް ކަމަކު ސުވާލެއް ވެސް ކޮށްލައިގެން ނުވާނެއެވެ. އެކަނމަނާ މެންނަކީ ތިޔަ ހީކުރާ ކަހަލަ ކޮރަޕްޓު ބޭފުޅުންނެއް ނޫނެވެ. 2013 އިން 2018 އަށް ވެރިކަމުގައި ހުންނެވީ ބޮޑު ބޭބޭފުޅު ޔާމީނު ކަމުގައި ވިޔަސް އެ މުއްދަތުގައި އެމްއެމްޕީއާރުސީއަށް އަތް ބާނައިގެން އެތަން ދަވާލީ އެމްޑީޕީ ނޫންހެއްޔެވެ. ޔާމީނާ ދުންޔާމެން އެކަމުގައި ކުރި އެއްވެސް ކަމެއް ނެތެއްނުން ހެއްޔެވެ.

    އަޑަށް ބަރުލައްވާފައި ޔާމީނު އެ ދައްކަވަނީ އެ ވާހަކައެވެ. ފަނޑިޔާރުގޭ ބެންޗު ކުޑަކުރާށާއި ފ.އަތޮޅު ވިއްކާލާ ބިލުފާސްކުރާށާއި އަދީބު ނައިބުރައީސް ކަމަށް ގެންނަން ރިޝްވަތު ދިނީވެސް ރިޝްވަތު ހިފީވެސް އެމްޑީޕީން ނޫން ހެއްޔެވެ. ގައުމުގެ މާލިއްޔާގެ ތަޅުދަނޑި އޭރުވެސް އޮތީ އެމްޑީޕީ އަތުގައި ނޫންހެއްޔެވެ. ފަނޑިޔާރުން އުލުބައިންދާ މައުމޫނު ކުޑަގޮޅިއަށްލާ ސްޕްރީމް ކޯޓުން ޓިނު ނެގީ ވެސް އެމްޑީޕީ ތާއެވެ. ޝައިހު އިމްރާނާއި ނަޝީދާ ގާސިމް ހައްޔަރު ކުރީވެސް އެމްޑީޕީއެވެ. ކާނަލް ނާޒިމު ފުރޭމްކޮށް ޖަލަށްލާ ހިބަޅިދޫ ބޭރަށް ބަޑިފެއްތީ ވެސް އެމްޑީޕީއެވެ.

    ފެށުނީއްސުރެ ވައްކަމާއި ހިޔާނާތާއި ވެރިކަމުގައި ބަގުޑި ބެއްދުމުގައި ހޭކެނޑިފައި ތިބި ބަޔަކު ކުށެއް ނުކުރާ މައުސޫމު ބަޔަކަށް ހެދެން ބޮޑެތި ކަރާ ނުފަޅާށެވެ. ލައްކަ އޮށް ބުރައެވެ. މީހުން ތެރެއަށް ނިކުމެ އަނގަ ދިޔާކުރާއިރު ދުންޔާމެން ލަދެއް ހަޔާތެއް ނެތެވެ. ދުންޔާމެން ދައްކާ އެއްވެސް ވާހަކައެއް މީހުން ގަބޫލު ނުކުރާކަންނޭނގޭ ވަރަށް ބުރާންތި ވީމާ ދެރައެވެ. ބޮލަށް ބޭސް ކުރުން ނޫން އެހެން ކަމެއް ދެން ކުރާކަށް ދުންޔާ މެންނަކަށް ނެތެވެ.

    ]]>
    Wed, 14 Dec 2022 18:57:14 +0500 ހީރަސް
    ބޮޑީގާޑަކަށް ވެސް ނުގެންދިޔައީ އާދަނަށް މެސީ ފެނިދާނެތީ https://heerasnews.com/799 https://heerasnews.com/799

    ރައީސްމީހާ ތަނަކަށް ފުރާ އިރަށް ދަތްދޮޅިއަށް މިއޮއްވާ ވަރެކެވެ. ތެޅޭވަރުން ހީވަނީ ދޮޅިވެއްޓި ދާނެހެނެވެ. ކަރުވަނީ އަމަށަކު ހިއެެއް ނޫނެވެ. ހީކަރުވަނީ ދަތްދޮޅި ނުތެޅޭ ވަރަކަށް ނޫނެވެ. މާވަޑި އާދަނުގެ މުޅި މީހާ އައްސިވެ ލޯލިތައް ކޮޅަށް ޖެހިގެން މިފަހަރު ދަތްދޮޅި މިތެޅެނީ ރައީސްމީހާ ބޯޅަ މެޗެއް ބަލައިލަން ގޮސްގެނެވެ.

    ފައިނު މާވަޑި އާދަނުމެން ނުލާހިކު ދާހިތުން ތިއްބާ ރައީސްމީހާއެއް ކަމަކު ގޮސްގެން ނުވާނެތާއެވެ. ދިޔައިރު އާދަނު ވެސް ގެންދިޔަ ނަމަ ގައިމު ދަތްދޮޅި ނުތެޅި ހުރީސްތާއެވެ. އެކީގާ ގެންދިޔަ ނަމަ ގައިމު އާދަނަށް ވެސް މެސީ ފެނުނީސް ނޫން ހެއްޔެވެ. އެވަރުގެ ކަމެއް ވެސް ރައީސްމީހާ އާދަނުމެނަށް ކޮށްލާ ދީގެން ނުވެއެވެ. ބޮޑީ ގާޑެއްގެ ގޮތުގައިވެސް އާދަނު ގެންދެވުނީސް ނޫން ހެއްޔެވެ. މާވަޑި އާދަނަކީ ސިފައިންގެ ބޮޑުމީހާ ގޮތުގައި އުޅުނު މީހެއް ވިއްޔާއެވެ. މީހުންގެ ދަތްދޮޅި ދުއްވާލާނެ ގޮތް ނިކަން ރަގަޅަށް ދަންނަ މީހެއް ވިއްޔާއެވެ. ރައީސްމީހާ އެއްކަމަކު އާދަނަށް އެހެން ހަދާކަށް ނުވާނެއެވެ.

    ބަޔަކު ހެޔޮ ހިތުން ދިއްކޮށްލާ ދައުވަތު ގަނޑަކަށް ވެސް އާދަނުމެން ބުނާ ގޮތުން ރައީސްމީހާ ގޮސްގެން ނުވާނެތާއެވެ. ރައީސްމީހާ އެ ގޮތަށް ކުރާ ދަތުރަކުން ގައުމަކާ އުފެދޭ އިތުބަރާ ގާތް ކަމަކުން ރާއްޖެއަށް ވާނެ ރަނގަޅެއް އޮންނާނީއެއް ނޫނެވެ. އާދަނުމެންގެ ހަމައިގައި ރައީސްމީހާ ވިއްޔާ ހުންނަން ޖެހޭނީ ދެ ކަމުން ކުރެ ކަމަކު ވެސް ނުގޮހެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ފެންބިލު ދައްކާ ތައްޓަކަށް ހާޖަތަށް ދާން ޖެހޭތީއެވެ. އާދަނުމެންނަށް ރާއީސްމީހާއެކޭ ބިސްމަޅި ދުއްވަން ނަނު ޖަހާފައި އިންނަ ކުކުޅު ގަނޑެކޭ ތަފާތެއް ނުހުރެއެވެ.  

    އާދަނުމެން ދާނެ އިރަކުން ގޮސް މަޖިލީހުގައި ވައިގަ ތަޅާފައި އަހަރަކު ތިން ހަތަރު މަހު ޗުއްޓީގައި މުސާރަ ކާލަ ކާލާ ތިއްބަސް އެއިއްޔަކީ ދައުލަތަށް ވާ ގެއްލުމެއް ނޫނެވެ. ބޮޑު ހޯގުޅާ ހެދިގެން ވަށައިގެން ބޮޑީގާޑުން ލައިގެން ބަންޑާރަ ކާރުގައި ކޮޅު ކޮޅަށް ދުއްވާ ބޭލިރައީސް އެ ކުރަނީ އިސްރާފަކަށް އާދަނުމެނަކަށް ނުވެއެވެ.

    އިރެއްގައި ރައީސްކަން ކުރިޔަތީ އަތްގުޅި ނުކާވަރު މުސާރައަކާ އިނާޔަތް ނަގަނީ ރައީސްކަން ކުރިއިރު މުސާރައެއް އިނާޔަތެއް ނުދީ ހިލޭ ސާބަހަށް މަސައްކަތް ކޮށް ދިނީމާ ތޯއްޗެކެވެ. ބަޅު ރުއްޕާޓީ ރައީސާ އެ ޕާޓީ މަޖިލިސް މެންބަރުން އަޗާތަޅަން ދައުލަތުގެ ފައިސާ ނިކަން ހަލާލެވެ.

    ]]>
    Tue, 13 Dec 2022 17:52:58 +0500 ހީރަސް
    އެސްޓީއޯ ސްޓާފް އެވޯޑް 2022 : ވިދާތަރި1 https://heerasnews.com/798 https://heerasnews.com/798 އެސްޓީއޯގެ އާދަޔާ ހިލާފު ޓީމަކީ މަސައްކަތުގައި ވަރުބަލި ކަމެއް ނެތި ހިދުމަތް ކުރުމުގައި ގާބިލު ޓީމެކެވެ. އެސްޓީއޯގެ ދިގު ތާރީހުގައި ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމަކީ ކުރިއަކުން އެހާ ބޮޑު އިސްކަމެއް ދިން ކަމެއް ނޫނެވެ. އެހެނެއް ކަމަކު މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ މާލިމީ ކަމުގައި އެސްޓީއޯ ހޯދަމުންދާ ކާމިޔާބީތަކާއި އެކު ހިދުމަތްތެރިންގެ އަގުވަޒަން ކުރުމުގެ މުހިންމުކަން އިންތިހާއަށް ބޮޑުކަން ފާހަގަ ކުރެވިއްޖެއެވެ. ނަތީޖާ އަކަށްވީ "ސްޓާފް އެވޯޑް" ތައާރަފް ވެގެން ދިޔުމެވެ. އާދަޔާ ހިލާފު ކުޅަދާނަ ހީވާގި ގާބިލު މުއައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ޝަރަފްވެރި އެވޯޑް ތަކެއް ސްޓާފުންނަށް ފުރަތަމަ ފަހަރަށް އެސްޓީއޯއިން ދީފިއެވެ. "ސްޓާފް އެވޯޑް 2022" ގެ ނަމުގައެވެ.

    ސަރވިސް އެކްސަލަންސް އެވޯޑް 2022

    އެންމެ ފުރިހަމައަށް 2022 ވަނަ އަހަރު ހިދުމަތްކުރި މުއައްޒަފަކަށް ހޮވިގެން އެވޯޑް ހާސިލުކުރީ އެސްޓީއޯ ފާމަސީ ކޯޑިނޭޓަރ ލުބްނާން އިބުރާހީމެވެ. ލުބުނާން ހީވާގި ބުރަ މަސައްކަތް ފާހަގަކޮށް އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރި ކަމާއެކު ސާބަސް ރައްދުކުރެއެވެ. 

    ސޭލްސް ފްރޮންޓްރަނަރ އެވޯޑް 2022

    އެސްޓީއޯ އެނަރޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް ގެ ކޯޑިނޭޓަރ އަބްދުﷲ އިހުސާނު ސޭލްސް ފްރޮންޓް ރަނަރ އެވޯޑް 2022 ހާސިލުކުރީ އެހެން މުއައްޒަފުންނަށް މިސާލު ދައްކަމުންނެވެ. އެސްޓީއޯއިން މަރުހަބާ ކިޔާ ޝުކުރުވެރިކަމާއެކު ސާބަސް ރައްދު ކުރަނީ އެހެން ވެގެނެވެ.

    ޓީމް ޕްލޭޔަރ އެވޯޑް 2022

    ޓީމް ވޯކުގައި ދެވަނައެއް ނެތް މިސާލު ދައްކައިގެން ޓީމް ޕްލޭޔަރ އެވޯޑް 2022 ހާސިލު ކުރީ ސީނިއަރ އައިޓީ ސަޕޯޓް ސްޕެޝަލިސްޓް ހާމިދު ސައީދުއެވެ. އުންމީދާއެކު ނަތީޖާ ހާސިލުކުރުމަށް ކެނޑިނޭޅި ދިން އެއްބާރުލުމާއި ބަދަހި ގުޅުން ދެމެހެއްޓުމުގައި ސާބަހާއި ތައުރީފް ހައްގު މުއައްޒަފެކެވެ.

    ]]>
    Tue, 13 Dec 2022 15:15:36 +0500 ހީރަސް
    އަފްރާޝީމްގެ މަރުގެ އަނދިރި ފަރާތުން ގައްސާނުގެ ހިޔަނި!! https://heerasnews.com/797 https://heerasnews.com/797 އުފަންކުޅަ ބަފާ ކާޅަށްކޮށާ މަސްދިން އިރު ދަތްދިލުވައިގެން ހޭންހުރީ ލޮލަށް ނުފެންނަ ވަރަށް ކަނުވީމައެވެ. ވިހޭ މައިމީހާ ރޮއެ ހޭރެމުން މަގުމަތީ ވެއްޓިފުރޮޅި އުނުއޮތް ފޮށާ ބޭލުނު އިރު ދަތްޕިލާ ރޮނޑަށް ދީގެން އަތްޖަހަން ހުރީ ހަޔާތް އަރުއްވައިގެންފާ ވާތީކަން އެނގެއެވެ. މި ފާޑުގެ ގޮތެއް ފޮތެއް އަގަލެއް ކުލުނެއް ނެތް އިންސާނަކީ އިންސާނެއްގެ ސިފައިގާ ހުރި މިނިކާ ޖަނަވާރެކޭ ބުނުން ދުލަކަށް ފާފައެއް ނުވާނެއެވެ.

    ގޭދޮށަށް އެއްވެފައިވާ ބައެއްގެ ބޮލަށް ކިއްލާ މަތިން ބެރިއެއް ވައްޓާލަން ކެރުނު ހިސާބުން ގައްސާނަކީ ކާކުކަން ދިވެހިން ދަސްކޮށްފިއެވެ. ކިޔަވަން ލަންޑަނަށް ފޮނުވީމާ ރާބޮއެގެން އިނދެ ކާރަކުން ޖައްްސާ މީހަކު މަރާލި ވާހަކަ އަކީ ވެސް ނިކަން މަސްހޫރު ވާހަކައެވެ. އެ މަރު އޮއްބާލުމަށް ފޮށިފޮށީގައި ޑޮލަރު ދައުލަތުގެ މާލިއްޔާއިން ލަންޑަނަށް ގެންގޮސްގެން އޭރު ދައުލަތް ބަނގުރޫޓްކޮށްލި ކޮށްލުމުން އަދިވެސް އެއުޅެނީ އަރައި ނުގަނެވިގެނެވެ. ގައްސާނަކީ މައުމޫނަށް ޖެހުނު މުސީބާތަކަށްވެ 30 އަހަރުގެ ވެރިކަން ވެއްޓުމުގެ އެއްސަބަބަކަށް ގައްސާނުގެ ޖައްބާރުކަން ވެގެން ދިޔައެވެ.

    ޑރ. އަފްރާޝީމްގެ މަރުގެ އަނދިރި ފަރާތުން ގައްސާނުގެ ހިޔަނި ފާޅުވާ ކަމަށް ގިނަ ކުދިން ކުދިން ކިޔައެވެ. ރިސޯޓަކަށް އިންވެސްޓުކުރާ ނަމުގައި މަހުޖަނު ބޮޑުބެ އަތުން ފައިސާގަޑެއް ހޯދައިގެން އިންވެސްޓްކޮށްދިނީ އަޒްލިފް ރައޫފަށް ކަމަށް ރަށުތެރޭގައި ކިޔައެވެ. މިހާރަކު އަފްރާޝީމެއް ނެތެވެ. ވީގޮތެއްވެ އެ އަޒްލިފަކުވެސް ގެއްލިއްޖެއެވެ. ކުދިން ނިންދަވަން އުދޯއްޔަށް އަރާ އިނދެ މާމަ ކިޔާދޭ ބޮޑު ބުޅާ ވާހަކަ ކަހަލަ ވާހަކަ އަކަށް އެވާހަކަވެ ނިމެއްޖެއެވެ.

     ހަނދާން އައުކޮށްލަން ޖެހޭ ކަމަކީ ބައްޕަގެ ފޭވަރިޓަށް ރިޔާސީޓިކެޓް ދީފާނެތީ ޔާމީނާ ގުޅިގެން ކުރަންޖެހުނު ކޮންމެ ކަމެއް ނުކުރާ ކަހަލަ ނޫން ކަމެވެ. އުފަންކޮށް ގެންގުޅެ ބަލާ ބޮޑުކުރި ބަފާމީހާ އަބަހައްދުވީ ދުވަހު ގިއްގަޅުވާލާ ރަހުމުކުޑަ ގޮތަކަށް ކުޑަގޮޅީގައި ބާއްވައިގެން ޔާމީނަށް ބާރުދޭން ހުރިކަން ނޭނގޭ އެކަކު ނެތެވެ. އެހެން އެވީ ފިސާރި ވަރުހުރި މަޅިއެއްގައި ރަނގަޅަށް ބެނދެވި ބްލެކް މޭލުވެފައި ހުރެގެންނެކޭ މަށަކު ނުބުނަމެވެ.

    މިވަރުގެ ގައްސާނަކު އެހެން ބަޔަކު ދެކެވާނީ ކޮން ލޯތްބެއް ހެއްޔެވެ. ބަޔަކަށް ކޮށްފައި ނުކުރާނީ ކޮންކަމެއް ހެއްޔެވެ. ދައްކާފައި ނުދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. ވައުދޭ އެމްޑީޕީއޭ ރައްޔިތުންނޭ ކިޔައިގެން ފޮކަން ގައްސާނަކީ ކާކުހެއްޔެވެ. މައިން ބަފައިންގެ ލޮލުން އެޅި ކަރުނަ ނުފެނުނު މީހަކަށް ފެންނާނީ ދެން ކޮން އެއްޗެއް ހެއްޔެވެ.

    ބުނަން ހެއްޔެވެ. އެމްޑީޕީން ވައުދުވެ ވައުދު ފުއްދަނީ ގައްސާނު ރުއްސާކަށް ނޫނެވެ. ދިވެހި ރައްޔިތުން އެއްބުރުން ރައީސް ސާލިހަށް ވެރިކަން ދިނީ ޔާމީނާއި ގައްސާނުމެން ވެރިކަމާ ކައިރި ނުކޮށް ވެރިކަން ކޮށްދޭށެވެ. ދިވެހި ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރުން ކޮއްދެމުން އެދަނީ އިހަށް ކުރަންޖެހޭ ކަމެއް އިހަށް ކުރަންޖެހޭ އުސޫލުން ގިނަ ރައްޔިތުން އެދޭ ގޮތަށެވެ. ބަޅުރުއް ޕާޓީއާއި ގައްސާނު ބޭނުންވާ ގޮތަކަށް ކަންތައްކުރާނީ ބަޅުރުއް ޕާޓީ ވެރިކަމެއްގައެވެ.

    ]]>
    Tue, 13 Dec 2022 13:10:58 +0500 ހީރަސް
    ބަޅުރުކު ކަޅު ގަންޖިފަރާހު ކޮޅުކެހި https://heerasnews.com/796 https://heerasnews.com/796 ބަޅުރުކު މީހުން ކަޅު ގަންޖިފަރާސް ލައިގެން ތަޅުމަޅު އެޅި ކޮޅުކެހި ލިބުމުން ލަދުފަށެއް ގެންފިތާއެވެ. ދައްކަން އުޅުނު ޗަރުކޭސް ދޮން ބަންޑާރައިން އިރުގެ ކެހެރިއެކޭ ވެސް ހީނުވިތާއެވެ. ރަންކޮޅާއެވެ. ފުރިފާ ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. ދަތްވިކިވިކި ތިބުންނޫން ކަމެއް ހަމަ ނުވޭތާއެވެ.   

    މަތްކަލާކޯއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަށްރަށް ވަޑައިގެން ކުރައްވަން ޖެހޭ ކަންތަކާ ބައްދަލު ކުރައްވަން ޖެހޭ ބަޔަކާ އެނގެން ވަނީ ވެސް ޔާމީނުގެ އައުވާނުންނަށެވެ. ރައީސް ސާލިހަކީ ބަޅުރުކު ކަޅު ގަންޖިފަރާސް ބުނާގޮތަށް ކަންތައް ކުރައްވަން ދިވެހި ރައްޔިތުން ހޮއްވަވާފައި ހުންނެވި ބޭފުޅެއް ނޫނެވެ.

    ސަރުކާރު ހަރަދުގައި ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން އެމްޑީޕީގެ ސިޔާސީ ހަރަކާތް ހިންގަވާ ކަމަށް ބުނެ ފަސާދަ އުފައްދަން ބަޅުރުކު މީހުން ގައި ވީދިޔަސް ރައީސް ކުރައްވާނެ ކަމެއް އެނގި ވަޑައިގަންނަވާނީ ރައީސަށެވެ. ދިވެހި ރައްޔިތުންގެ 68 ޕަސެންޓު ވޯޓުން ވެރިކަމަށް ރައީސް ސާލިހު ހޮއްވެވީ ދިވެހި ވެރިކަން ބަޅުރުއް ދޮށުން ސަލާމަތް ކުރާށެވެ. ކުޑަ ބޭރު ވެސް އެރިޔަ ނުދޭށެވެ.

    ވެރިކަން ހިންގާ ކޯލިޝަނުގެ 40 އިންސައްތައަކީ އެމްޑީޕީއެވެ. ރައީސަކީ އެމްޑީޕީގެ ޓީިކެޓްގައި ހޮވިވަޑައިގެން ހުންނެވި ރައީސުލްޖުމްހޫރިއްޔާއެވެ. ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅަކަސް ނުރަސްމީ ދަތުރުފުޅަކަސް އެ މަނިކުފާނަށް އެ މަގާމު މަތިކުރި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާ ބައްދަލު ނުކުރައްވާ ކުރައްވަންޖެހި ވަޑައިގަންނަވާ ކަމެއް ނުއޮންނާނެއެވެ. އިދިކޮޅުން ކިތަންމެ ހީކެރުވިޔަސް އެކަން ރައީސް ކުރައްވާނެއެވެ.

    އެހެން ނޫނަސް ރައްޔިތުންގެ އިހުސާސް އެންމެ ރަނގަޅަށް އެނގިވަޑައި ގަންނަވާނީ ޔާމީނުގެ ދެފުށް ދެގޮތް ސަޕޯޓަރުންގެ ފަރާތަކުން ނޫނެވެ. ދިވެހި ރައްޔިތުންނަށްވީތީ ތަފާތުކުރުމެންނެތި ހިދުމަތްތައް ފޯރުކޮށް ދެއްވިޔަސް އިހުލާސްތެރި މަޝްވަރާ ހޯއްދަވަނީ އިހުލާސްތެރި ބައިވެރިންގެ ގާތުންނެވެ.

    ގަމާރުކަން ހުރިވަރުން މިއަދަކީ މައުމޫނުގެ ދިމިގްރާތީ ޒަމާން ނޫންކަމެއްވެސް ނޭނގެއެވެ. ރާއްޖޭގައި މިއޮތީ މަލްޓިޕާޓީ ޑިމޮރެޓިކް ވެރިކަމެއް ކަމެއްކަންވެސް ނޭނގޭހާ ގަމާރެވެ. ދައުލަތުން ހަރަދު ކުރަނީ ރައްޔިތުންގެ ލާބަޔާ މަންފާއަށެވެ. ދައުލަތް ހިންގުމުގައި ވެރިކަން ހިންގާ މައިޕާޓީގެ ކޮންމެ މެންބަރަކީ ވެރިކަން ހިންގުމުގެ ބައިވެރިއެކެވެ. ވަގުތު ލިބި ވަޑައިގަންނަވާ ވަރަކުން ވެރިކަން ހިންގާ ޕާޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުމަކީ ސަރުކާރު ހިންގުމުގެ އެއްބައެވެ.

    ޔާމީނުގެ އައުވާނުން މާ ބޮޑަށް ކޮށި އަރައިގެން ނޫޅެ ހިން ދިރުވާލައިގެން އެހަށް ތިބޭށެވެ. އެ ދުވަހެއް އައިމާ ފުއްޕަން ތިބޭށެވެ. ކަމެއް ކުރަންޏާ މިހާރު ކުރަންވީ ކަމަކީ މުލުވަގު ޖަލަށްލާ އެކަހެރި ކުރެވެން އޮތް ގޮތެއް ހޯދައިގެން އެކަން ކުރުމެވެ. ތިޔަ ފާޑަށް މަތިހަށި ނަގާ އުންޑަ ކެއްކިޔަސް ވެރިކަމާ ހިޔަނިވެސް އެޅެވެން ޔާމީނަށް އޮތީއެއް ނޫނެވެ. އަމްދުން މުއިއްޒާ ޝަހީމަށް ވެގެން ވިއްޔާ ޔާމީނަށް ވެރިކަމުގެ ވަސްވެސް ފެނުނަކަ ނުދޭނެއެވެ. ކަޅު ގަންޖިފަރާހު ބަޅުރުކު މީހުނަށް ގަބޫލު ކުރަން އުދަގުލަސް ހަގީގަތަކީ އެއީއެވެ.

    ]]>
    Mon, 12 Dec 2022 20:08:42 +0500 ހީރަސް
    ހެޔޮވެރިކަން: ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން https://heerasnews.com/795 https://heerasnews.com/795 ރައީސް ސާލިހު އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަމަކީ ރަށް ގިރުމުގެ މައްސަލަތައް ދިމާވެފައިވާ ރަށްތައް ހިމާޔަތް ކުރެއްވުމެވެ. ބ. ދަރަވަންދޫއަކީ ޒަމާނުއްސުރެ ރަށްގިރުމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު ރަށެކެވެ. 22.1 މިލިއަން ރުފިޔާ ހޭދަކޮށްގެން ދަރަވަންދޫ ހިމާޔަތްކުރަން ސަރުކާރުން ނިންމީ އެހެން ވެގެނެވެ.

    ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތުގެ 77 އިންސިއްތަ މިހާރުވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ކުރިއަށްގެންދިޔަ ދަރަވަންދޫ ބޭރުތޮށި ލުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު ދެންހުރި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރު ވަނަ ޝިޕްމަންޓް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

    ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލިން ގޮނޑުދޮށަށް މުއްސަދި ކުރާނެއެވެ. 490 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 96 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

     

    ]]>
    Mon, 12 Dec 2022 15:34:07 +0500 ހީރަސް
    ޖަޕާން އެމްބެސެޑަރ އާއި ސްޓެލްކޯ އެމްޑީ މަޝްވަރާ ބައްދަލުވުން https://heerasnews.com/794 https://heerasnews.com/794 ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ތަކޭޗީ މިޑޯރީ އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އިއްޔެ ބައްދަލުކުރައްވައިފިއެވެ.

    ސްޓެލްކޯގެ މެނޭޖިންގ އަހުމަދު ޝަރީފާއި ޖަޕާނު އެމްބެސެޑަރ މިިޑޯރީގެ މި ބައްދަލު ކުރެއްވުމަކީ ކަރަންޓްގެ ހިދުމަތް ދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލު ކުރެއް ވުމެކެވެ.  

    ކަރަންޓް ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ކަރަންޓް ހިދުމަތް އިތުރަށް ހަރުދަނާކޮށް ޖަޕާނާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. 

    ]]>
    Mon, 12 Dec 2022 14:40:47 +0500 ހީރަސް
    ހުށަހެޅޭ ވައްކަމުގެ މައްސަލަ މަދުވަނީ ކީއްވެ! https://heerasnews.com/793 https://heerasnews.com/793 މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް އެއްމަހުން އަނެއް މަހަށް މަޑުމަޑުން އަންނަނީ ދަށް ވަމުންނެވެ. ޕޮލިސް ސާރވިސްއަށް އެންމެ ގިނައިން ހުށަހެޅެނީ ވެސް ވައްކަމުގެ މައްސަލަ ތަކެވެ. މި އަހަރުގެ އޮގަސްޓު މަހުން ފެށިގެން ޕޮލިހަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް މަދުވަމުން ދާކަން ޕޮލިހުގެ ތަފާސް ހިސާބުން ފާހަގަ ކުރެވެއެވެ.

    ތަފާސް ހިސާބު ދައްކަ ގޮތުން މި އަހަރުގެ އޮގަސްޓް މަހު ވައްކަމުގެ 456 މައްސަލަ ހުށަހެޅިފައިވެއެވެ. އެހެން ނަމަވެސް ސެޕްޓެމްބަރ މަހު ހުށަހަޅާފައި އޮތީ 324 މައްސަލައެވެ. ސެޕްޓެމްބަރ މަހު ފާހަގަ ކުރެވޭ ވަރުގެ ބޮޑު ތަފާތެއް ފެނެއެވެ. އޮގަސްޓް މަހަށް ވުރެ ހުށަހެޅުނު ވައްކަމުގެ މައްސަލައިގެ އަދަދު 132 ދަށްވެފައި އޮތް އޮތުމެވެ. ރިޕޯޓްކުރި ވައްކަމުގެ އަދަދު ދަށްވެގެން ދިޔަ ދިޔުމަކީ އެކަމާ މެދު ދެވަނަ ވިސްނުމަކަށް ދާންޖެހޭ ވަރުގެ ކަމެކެވެ. އަނެއްކާ އޭގެ ފަހުން އޮކްޓޯބަރ މަހު ހުށަހެޅުނީ ވައްކަމުގެ 306 މައްސަލައެވެ. ނޮވެމްބަރ މަހު ހުށަހެޅުނު ވައްކަމުގެ މައްސަލައިގެ އަދަދަކީ 304 އެވެ. ވޭތުވެ ދިޔަ ތިންމަހު ވައްކަމުގެ މައްސަލަ އެއް މަހުން އަނެއް މަހަށް ދަށްވެފައި ވާކަން ފާހަގަ ކުރެވެއެވެ.

    ވައްކަމުގެ މައްސަލަ ހުށަހެޅޭ އަދަދު ދަށްވާ ސަބަބުތަކާ މެދު ދެތިން ގޮތަކަށް ވިސްނާ ލެވިދާނެއެވެ. ހުށަހެޅޭ މައްސަލަ މަދުވަނީ ތަންފީޒީ މުއައްސަސާތަކާ މެދު އިތުރުބާރު ގެއްލި މާޔޫސް ވެގެން ހެއްޔެވެ. ގާނޫނީ ދޫމަޅީގެ ތެރެއިން ވަގުކަލޭގެ ސަލާމަތް ވާތީ މުޖުތަމައު މާޔޫސް ވެގެން ވާކަމެއް ނަމަ އެއީ ނުރައްކާތެރި ބިރު ހުރި ކަމެކެވެ.

    ހުށަހެޅޭ މައްސަލަ މަދުވަނީ ރަގަޅަށް ބެލެހެއްޓި ފާރަވެރިވުމުގެ އިންތިޒާމުތައް ވަރުގަދަ ވުމުން ވައްކަން ކުރުމުގެ ފުރުސަތު ހަނިވެގެން ކަމަށް ވާނަމަ އެއީ ހެޔޮފާލެކެވެ. ފާރަވެރިވުން އިތުރުކޮށް ގާނޫނީ ހުކޫމަތު ރަނގަޅަށް ތަންފީޒު ވުމަކީ ވައްކަމުގެ އަދަދު ޒީރޯއަށް ގެނެވޭނެ ކަމެކެވެ. ވަގުންގެ މައްޗަށް ހުކުމް ތަންފީޒު ކުރެވި ވަގުން މުޖުތަމައުން އެކަހެރި ކުރެވޭ ވަރަކަށް ވައްކަން ކުރުން ހުއްޓޭނެއެވެ.

    އެއް މަހުން އަނެއް މަހަށް ހުށަހެޅޭ ވައްކަމުގެ މައްސަލަތައް މަދުވަނީ މުޖުތަމައު ވައްކަމާ ދުރަށް ގެންދެވެމުން ދާތީ ކަމަށް ވާނަމަ ކިތައްމެހާ ވެސް އުފާވެރިއެވެ. ކަންކަން ތަރުތީބު ވެގެން ކުށުގެ ވެއްޓަށް ފާރަވެރި ވެވޭ ކަމުގެ ހެޔޮ ފާލެކެވެ. ހެޔޮވެރިކަމެއްގެ ހެޔޮކަން މުޖުތަމައުން ފެންނަން ފަށާފައި ވާކަން ރަމްޒުކޮށްދޭ ހެޔޮ ފާލެކެވެ. އެއާއި އެކު ވައްކަން ނައްތާލުމަށްޓަކާ، އަށަގެންފައިވާ މާއްދީ ވިސްނުމުން އެކަހެރިވާން ކޮންމެ މީހަކު ޖެހެއެވެ. 

    ވައްކަމުގެ ތެރެއަށް އަލަށް މީހުން ވަނުން ހުއްޓުވުމަށް ބަޑުހައި ހޫނުކަން ނައްތާލުމާއި ފަރުދުންގެ ފޯރުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ އަގުތައް ތިރި ކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކޮށްގެން ވައްކަމުގެ ރޭޓް ދަށް ކުރެވެއެވެ. ހަލާލު މަސައްކަތެއް ކޮށްގެން ބަދަހި މުޖުތަމައެއްގައި އުޅޭ އުފާވެރި ރައްޔިތަކަށް ވުމަށް އަމިއްލަ ޒިންމާއެއް އޮތް މީހަކަށް ކޮންމެ މީހަކު ވާންޖެހެވެ. ހިހޫ ތަނުން ކެއުމާއި އެހެން މީހުންގެ ތުބުން ވެއްޓޭ ބަތް ފުށް ކައިގެން އުޅެން އުޅޭ އުޅުމުގެ ވިސްނުން ދޫކޮށްލަން ޖެހެއެވެ.

    ޒަރޫރީ ބޭނުންތައް ނުފުދިގެން ވައްކަމުގެ ތެރެއަށް މީހުން ދިޔުން ހުއްޓުވަން ސަރުކާރާއި މުޖުތަމައު ގުޅިގެން ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެން އޮތް ހުރިހާ ކަމެއް އަދި ވެސް އިތުރަށް ކުރަން ޖެހެއެވެ. އިހުތިޔާރުން ބޭރުން ޒަރޫރަތަށްޓަކައި ރައްޔިތު މީހާއަށް ހަރަދު ކުރަން މަޖުބޫރު ކުރުވާ ހުރިހާ ނިޒާމެއް ނައްތާލަން ޖެހެއެވެ. އަނެއް ކޮޅުން ވަގުކަލޭގެ ވައްކަން ކުރަން އެއް ދޮރުން ވަދެ އަނެއް ދޮރުން ނިކުންނަހެން ތަހުގީގާ ޝަރިއަތުން ބަރީއަ ނުވެވޭނެ ގޮތަކަށް އިޖުރާތު ތަކުގެ ދޫމަޅި ބާރު ކުރުމަކީ ވައްކަން ހުއްޓުވުމުގެ ހައްލެވެ.

    ]]>
    Mon, 12 Dec 2022 12:35:25 +0500 ހީރަސް
    ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފި https://heerasnews.com/792 https://heerasnews.com/792 މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު 07:40 ކަންހާއިރު ކަރަންޓް ކެނޑެން މެދުވެރިވި މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް ސްޓެލްކޯއިން ކަރަންޓް ދީފިއެވެ.

    ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމުން މައްސަލަ ދެނެގަނެ މައްސަލަ މިހާރު ހައްލު ކޮށްފައިވާ ވާއިރު ކަރަންޓްގެ ހިދުމަތް މެދުކެނޑުމުން ދިމާވާ ދަތިތަކަށް އެކުންފުނިން ވަނީ މާފަށް އެދެއެވެ.

    މާލެ އާއި ހުޅުމާލޭގެ ކަރަންޓް މިހާރު އެއް ވިއުގައަކުން ގުޅާލެވިފައި އޮތުމުން ހުޅުމާލެ އިންޖީނުގޭގައި މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ އިތުރުން މާލެ އިން ވެސް ބައެއް ފަހަރު ކަރަންޓް ކެނޑެން ދިމާވެއެވެ. މިހާރު މާލޭ ސަރަހައްދަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ މައި އިންޖީނުގެއަކީ ހުޅުމާލޭގައި ހުންނަ 50 މެގަވޯޓްގެ އިންޖީނުގެއެވެ.

    ]]>
    Mon, 12 Dec 2022 10:10:42 +0500 ހީރަސް
    ހަތިޔާރާއެކު ބަގާވާތެއް ކުރުމަށް ރޭވި ބަޔަކު ހައްޔަރުކޮއްފި https://heerasnews.com/791 https://heerasnews.com/791 ޖަރުމަނު ވިލާތުގެ ސަރުކާރު ހިންގަން ތިބި ހުރިހާ ވެރިން ގަތުލުކޮށް ޖަރުމަނުގެ ޕާލަމެންޓް ހިފުމަށް ރާވާފައިވާ ބަގާވާތެއް ޖަރުމަނުގެ ސްޕެސަލް ފޯސަސް (ކޭ އެސް ކޭ) އިން ހުއްޓުވައިފިއެވެ. ކަނާތު ފިޔައިގެ ހަގުރާމަވެރި ގްރޫޕެއް ކަމަށްވާ "ރެއިންޗް ބާރގަރ" އަކީ ނާޒީ ވިސްނުން ހުންނަ އެމެރިކާގެ ކޮންސްޕިރަސީ ތިއަރީ ވެބްސައިޓް ކިއުނަން ގެ ފޮލޯވަރުންނެވެ.

    ބަގާވާތުގައި ޖަރުމަނުގެ ޗާންސެލަރ ވަގުތުން ބަޑިޖަހާ އަވަހާރަކޮށްލުމަށް ރާވާފާ ވާއިރު، ޖަރުމަނުގެ ކެޕިޓަލް ހިފުމަށާއި ހުރިހާ މަޖިލިސް މެންބަރުން ހައްޔަރު ކުރުމަށް ވެސް އީ ރާވާފައެވެ. މި ބަގާވާތް ނާކާމިޔާބު ކޮއްލުމަށްޓަކައި މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި 3 ހާހަށް ވުރެ ގިނަ ސްޕެޝަލް ފޯސަސްގެ ސިފައިން ބައިވެރި ވެފާވެއެވެ.

    ޖަރުމަނުގެ 15 ސިޓީއެއްގެ 150 އަށް ވުރެ ގިނަ ގެ ބަލާ ފާސް ކޮއްފައިވެއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 25 މީހަކު ވަނީ ހައްޔަރު ކޮއްފައެވެ. އަދި އިތުރު އެތައް ބަޔަކާއި ދަނީ ސުވާލުކޮށް ތަހުގީގު ކުރަމުންނެވެ.

    މި ބަގާވާތް ރާވާފައިވާ އެންމެ އިސް ފަރާތަކީ ޖަރުމަނުގެ ކުރީގެ ރަސްކަލުން ހެންއިންރިޗް 9 ގެ ދަރިކަލުން ޕްރިންސް ހެއިންރިޗް 13 އެވެ. ޕްރިންސް ހެއިންރިޗް 13 އަކީ މިހާރު އުމުރުން 71 އަހަރުގެ ބޭފުޅެކެވެ.

    ޖަރުމަނުގެ ފްރެންކް ފާރޓް ސިޓީގައި ފިލާ ހުންނަވަނިކޮށް ޕްރިންސް ވަނީ ހައްޔަރު ކޮއްފައެވެ. ހައްޔަރު ކުރި އިތުރު މީހުންގެ ތެރޭގައި ޖަރުމަނުގެ ކުރީގެ ފާ ރައިޓް ޕާލަމެންޓް މެންބަރަކާއި މިހާރު ވެސް ޖަރުމަނުގެ ސިފައިންގެ ތެރޭގައި އުޅޭ  އިސް އޮފިސަރަކާއި ކުރީގެ ޕޮލިސް އޮފިސަރަކާއި ޖަރުމަނުގެ އެލީޓް ސްޕެޝަލް ފޯސަސްގެ މެންބަރުން ހިމެނެއެވެ.

    ޖަރުމަނުގެ ބަގާވަތް ރޭވުމުގައި ފައިސާގެ ގޮތުންނާއި ހަތިޔާރުން ރަޝިޔާގެ އެހީތެރިކަން ފޯރުކޮށް ދިންކަމުގެ ތުހުމަތުތައް ވަނީ ކޮއްފައެވެ. ޔުކުރޭން ރަޝިޔާ ހަގުރާމައިގާ ޖަރުމަނުގެ ސަރުކާރުން ރަޝިޔާއާއި ދެކޮޅަށް ޔުކުރޭންއަށް އެހީތެރިވެދޭތީ ރަޝިޔާއިން މި ބަގާވާތައް ވާގިވެރި ވެދާނެ ކަމަށް ބައެއް ނޫސްތައް ބުނެވެ. ނަމަވެސް ރަޝިޔާއިން ދަނީ އެ ތުހުމަތުތައް ދޮގުކޮށް އެކަމަކީ ޖަރުމަނުގެ ދާހިލީކަމެއް ކަމަށް ބުނެފައެވެ.

    ޖަރުމަނުގެ ވާތުފިޔާގެ ހަރުކަށި ޖަމާއަތައް ނިސްބަތްވާ އެކްޓިވް މީހުންގެ ގޮތުގައި 19 ހާސް މީހުން އުޅޭނެ ކަމަށް ބެލެވެއެވެ. ޖަރުމަނުގެ ސަރުކާރުން ވަނީ މި ފަރާތްތަކުން އިތުރު ނުރައްކަލެއް ކޮށްފާނެ ކަމަށް ބަލާ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮއްފައެވެ.

    ]]>
    Sun, 11 Dec 2022 23:20:23 +0500 ހީރަސް
    ހެޔޮވެރިކަން: މަޑަވެއްޔާއި ހޯނޑެއްދޫ ބުރިޖުން ގުޅާލުން https://heerasnews.com/790 https://heerasnews.com/790 ގދ. މަޑަވެލި އާއި ހޯޑެއްދޫ ގުޅާލުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. މިހާރު ކުރެވެނީ ބްރިޖްއަށް ދެވެން އޮންނަ މަގުތައް ސާފުކުރުމުގެ މަސައްކަތެވެ. ހަމަ އެ އާއި އެކު ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތްވެސް މިހާރު ކުރަމުން އެބަ ދެއެވެ.

    ޔާމީނު ސަރުކާރުން އަޅާފައިވާ ކޯޒްވޭގެ ސަބަބުން ތިމާވެށީގެ ގިނަ މައްސަލަތަކެއް ދެރަށުގެ ރަށްގިރުމާއި ދެ ރަށަށް ރާޅުއެރުމާއި ކޯޒްވޭ މައްޗައް ރާޅު އެރުން ފަދަ ކަންކަން އައީ ކުރިމަތިވަމުންނެވެ. މިމައްސަލަ ބޮޑުވެ ރައްޔިތުން ނުކުމެ 2018 ވަނަ އަހަރު ކޯޒްވޭގެ މެދުން ވެލިގަނޑު ކަނޑާލާ އޮއެދެމޭ ގޮތަށް ހެދިއެވެ. ނަމަވެސް ކޯޒްވޭ ނެތުމުން އެތައް ގޮންޖެހުމެއް ރައްޔިތުންނަށް ކުރިމަތިވަމުން ދިއުމާ ގުޅިންގެ 2019 ވަނަ އަހަރު އެކޯޒްވޭ އަލުން ގުޅާލިއެވެ.

    މިކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން މިހާރު އޮތް އެކޯޒްވޭ ނަގާ ގދ. މަޑަވެލި އާއި ހޯޑެއްދޫ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތް މިސަރުކާރުން ކުރަންނިންމާ މިދިޔަ އަހަރުގެ އޮކްޓޯބަރު އެމްޓީސީސީ އާ މަސައްކަތް ހަވާލު ކުރިއެވެ. މިފަހަރު  މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލަނީ އެ ދެމެދުގައި އޮންނަ ގދ. ހާދު ހުރަސްކޮށް ބުރިޖުން ގުޅާލައިގެނެވެ.

    މަޑަވެއްޔާއި ހޯނޑެއްދޫ ގުޅާލުމަށް 223 މީޓަރުގެ ބްރިޖަކުން ގދ. މަޑަވެއްޔާއި ގދ. ހާދޫ ގުޅާލާ ގދ. ހާދޫ ހުރަސްކޮށް 160 މީޓަރުގެ ބްރިޖަކުން ގދ. ހާދޫ އާއި ގދ. ހޯނޑެއްދޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. ކޯޒްވޭ ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ ކޯޒްވޭ އާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތާއި ސައިޓް އެޅުމުގެ މަސައްކަތެވެ.

    މަޑަވެލި ހޯނޑެއްދޫ ގުޅާލުމުގެ މަޝްރޫއުގައި 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ކޯޒްވޭގެ 2544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމާއި، 1378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، އެޕްރޯޗް ރޯޑުގެ 3144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި ތާރު އެޅުމާއި، ރެއިލިންގގެ އިތުރަށް މަގުބައްތި ޖެހުމާއި މަގުމަތީގެ ނިޝާންތައް ޖެހުންވެސް ކުރެވޭނެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ދަށުން އޮއި ދެމޭގޮތައް ޒަމާނީ ފެންވަރުގައި ފަރުމާކޮށް ހަދާ މި ކޯޒްވޭގެ މަސައްކަތައް 84.17 މިލިއަން ރުފިޔާ ހަރަދު ވާނެއެވެ.  

    ]]>
    Sun, 11 Dec 2022 14:38:47 +0500 ހީރަސް
    ސަލަފީން މެދުވެރިކޮށް ޔާމީނު ކުޑަގޮޅިއަށް! https://heerasnews.com/789 https://heerasnews.com/789 އަންނަ ރިޔާސީ އިންތިހާބުގައި ޔާމީނަށް ގައުމު ހަވާލު ކުރަން ޖެހޭ ކަމަށް ބުނާއިރު މުއިއްޒުގެ އެތެރެ ހަށީން ރޯވެ އަނދަމުންދާ އަލިފާންގަނޑު މޫނުމަތިން ވެސް ފާޅުވެއެވެ. ކިރިޔާވެސް ގޮތެއް އޮތްނަމަ ޔާމީނު ރިޔާސީ އިންތިހާބުގައި ވާދަކުރަން އެންމެ ނޭދޭ މީހަކީ މިހާރުވެސް ހިތުން ރައީސުލްޖުމްހޫރިއްޔާ ހެދިގެން އުޅޭ މޭޔަރ މުއިއްޒެވެ. ސަލަފު ޖަމުއިއްޔާއާއި ގުޅިގެން ދީނީ ކާޑު ދައްކައިގެން ރައީސްކަން ހޯދަން މުއިއްޒު ހުރީ ފެން ބޮވާފައެވެ. 

    ކުރީގެ ރައީސް ޔާމީނުގެ މައްޗަށް ހިންގޭ ސަރީއަތުގައި ޔާމީނަށް ޖަލު ހުކުމެއް ގެނެވޭތޯ ލައްކަ މަސައްކަތް މުއިއްޒު އެބަކުރެއެވެ. ބާބުލްއަވަލީއާއި މެހި ޖެހިފައިވާ ގޮށުގެ ތެރެއިން ސަލަފީން މެދުވެރިކޮށް ޔާމީނު ކުޑަގޮޅިއަށް ފޮނުވުމުގެ ހީލަތްތެރި މަސައްކަތް ސިއްރުން މުއިއްޒު ކުރާކަން ނޭނގޭނީ އެހެން ބަޔަކާ ގުޅިފައި ނެތް ނަމަތާއެވެ. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް ޒަމްޒމް އަޒީބެގެ ދައުރެއް ނެތުމަށް ވުރެ ގާތީ އޮތުމެވެ. ވާގޮތެއް ބަލަން ތިބެމާ ހިނގާށެވެ.

    މާލެ ސިޓީ މޭޔަރަކަށް ހޮވުމުން މުއިއްޒުގެ ހިތް އަރާ އޮތީ އާސުމާނުގައެވެ. މާކަންވާ މީހަކަށް ވެގެން ސިނަމާލެ ބުރިޖުގެ ކްރެޑިޓް ޔާމީނަށް ދޭތީ ފިސާރި ތުންފިއްތާކަން ހޮދު ޔާމީނަށް ވެސް އެނގިވަޑައި ގަނެއެވެ. 25 ބުރީގެ ޓަވަރުތަކާއި ސިނަމާލެ ބުރިޖުގެ މިލްކު ވެރިއަކީ މުއިއްޒު ކަމަށް ސަލަފީން ގެ ބަޔަކު ގައިމު ބުނާނީ ކަމެއް ވެގެންތާއެވެ.

    މާލެ ސިޓީ މޭޔަރު ކަމުގައި ހުރެގެން މާލެ ސިޓީގެ ކުރިއެރުމަށާއި މާލެ ސިޓީގައި އުޅޭ މީހުންގެ ލުއި ފަސޭހައަށް އަޅާ ތިލަމާލެ ބުރިޖްގެ މަސައްކަތް ހުއްޓުވަން ވެސް އެހުރީ ހިފާލާފައެވެ. ކުރީގެ ރައީސް ޔާމީނަށް ކެންޕެއިން ކުރާނަމުގައި ކްރެޑިޓް ނެގުން ނޫންކަމެއް މުއިއްޒު ނުކުރެއެވެ.

    އަނެއް ކޮޅުން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާ ކެރޭނެއް ވެއްޓި ދެރަކަންކަން ދިމާވުމަުން މާލޭ މޭޔަރ އުޅެގަތް ގޮތުން ޕްލެޓްފޯމް ފަރަށް އެރުމުގައި މޭޔަރ މުއިއްޒުގެ އަތެއް އޮތްކަމަށް ބުނާ މީހުން އެބައުޅެއެވެ. ދެރަކަންކަން ދިމާވުމަކީ މަސައްކަތުގެ މާހައުލުގާ އާކަމެއް ނޫނެވެ. ބުޅިކެނޑެނީ ކެޔޮޅުންގެ އަތުންނެވެ. ދެރަކަންކަން ދިމާވަނީ ކޮންމެހެން ބައެއްގެ ނާގާބިލު ކަމަކުން ނޫނެވެ. ގަސްތުގައި ހަސަދަވެރި ބައެއްގެ ރޭވުމުން ވަރަށް ބޮޑެތި ދެރަ ލިބިފައި ހުންނަނީ މަދެއްކޮށް ނޫނެވެ. އެކަމަކު އެކަމުން ވެސް މުއިއްޒު އުފައްދަނީ ފިތުނައެވެ.

    ޕްލެޓްފޯމް ފަރަށް އެރުމުގައި މުއިއްޒުގެ އަތެއް ނެތްނަމަ ޖަހާ ތަނބެއް ޕްލެޓް ފޯމެއް ހަރުނުލާ އޮޔާދާ ކަމަށް ބުނެ މީހުން އެއްކޮށްގެން ޖަގަހަ ޖަލްސާގައި މަލާމާތެއް ނުކުރީހެވެ. އެކަމުން މުއިއްޒުގެ ނިޔަތް ވަރަށް ސާފެވެ. މާލެ ސިޓީގެ ހެވާ ލާބަޔަށް ކޮންމެ ބަޔަކު ކަމެއް ކުރިޔަސް އެއްބާރުލުންދީ ހަދަން މަތިވެގެން ހުރެ ފުރައްސާރަ  ކުރަން އެންމެ ތާހިރީ މާލޭ މޭޔަރު މުއިއްޒެވެ.

    ތަރައްގީ އޮޔާ ހިނގައްޖެއޭ ދެވަނަ ދައުރެއް ރައީސް ސޯލިހަށް ނުދޭނަމޭ ބުނާއިރު ފުރަތަމަ ދައުރެއް ރައީސް ސޯލިހަށް ލިބިވަޑައިގަތީ މުއިއްޒު ހޯދާދިން ވޯޓަކުން ނޫނެވެ. ވެގެން ވިއްޔާ ޔާމީނަށް ވެސް މުއިއްޒުގެ ވޯޓަކީ ހަރާން އެއްޗެކެވެ.  

    ތަރައްގީ އޮޔާ ގޮސްގެން އުޅޭކަމަށް ވާހަކަ ދައްކާއިރު މުއިއްޒަށް މާލޭ ސިޓީ ކައުންސިލުން ސްޓާފް ނައިޓް ބާއްވާ ގަހުގެ ވިޔަފާރިކޮށް ޕާކިން ސްލޮޓް ވިއްކެނިކޮށް ހެވެވެ. އޭރުން އެ ހުރީ ތަރައްގީ ކޯދުލާ އަރައަރައެވެ. މުއިއްޒުގެ ތަރައްގީގައި ނުހުންނަނީ މިސްކިތްތަކުގެ ކަރަންޓްބިލާ ފެންބިލް ދައްކާނެ ފައިސާއެވެ. އެކަމަކު ސަލަފް މީހުން ބޮލަށް ޗިޕް ޖަހައިގެން ކުޅެނީ ދީނީ ކާޑެވެ.

    ތިންރުއް ޕާކާއި ރަސްފަންނު ފަނާވެ ދާއިރު މަރާމާތަށް ހޭދަކުރާނެ ސިޓީކައުންސިލްގައި ފައިސާ ހުންނަ ކަމަކަށް ނުވެއެވެ. އެ ތަންތަން އާބާތުރަ ފިލުވާނެ ފައިސާ ނެތަސް ބޭރު މަގުގައި ބޮޑު އަގުގައި ކަދުރު ރުއް ގަނެގެން ގެނެސް ސަލާމަތް ނުވާހާ ބޮޑު އަގަކަށް އަމިއްލަ ޖީބަށް ބައިއަޅާ ގޮތަށް ރައްޓެހި ބަޔަކަށް ދީގެން ރުއްބުޑު ގައުފޮޅު ރާނަން ހަރަދު ކުރާނެ ފައިސާ ހުރެއެވެ.

    ހިތުން ރައީސުލްޖުމްހޫރިއްޔާ ހެދިގެން މޭޔަރު މުއިއްޒު ސިޓީ ކައުންސިލުގައި ހިންގާ ފަސާދައިގެ ވާހަކަ މި ފަހަރު އަދި ދައްކާކަށް ނެތީމެވެ. އެ އެޕިސޯޑް އޮތީއެވެ. މުއިއްޒާ ގުޅުވައިގެން ހަރުތާކު ޖެހެންދެން ހުއްޓާނުލާ ދައްކަން އޮތް އެއް ވާހަކައަކީ މާލޭގައި ފާލުން ނައްޓައިގެން އުޅޭ ބިދޭސީންގެ ކަންކަން މުއިއްޒަށް ހައްލު ކުރަން ނޭނގުނު ވާހަކައެވެ. ގަވައިދާ ހިލާފަށް މާލޭގައި ފާލުން ނައްޓައިގެން އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގާ ބޮޑު ފޭއްޔަކުން ފޭލިވެ ކަތިވަޅި ޖެހި ހިސާބު ފެންނަ ވަރަށް މުއިއްޒު ބަރަހަނާ ވެފައި ހުރި ވާހަކައެވެ.  

    އިހައްދުވަހު މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސިޓީކައުންސިލް ޒިންމާއިން ރެކެން ދެއްކި ބަހަނާއަކީ ކޮވިޑްތެރޭގައި ކުރީގެ ކައުންސިލުން ހެދި ސާވޭއެއްގެ ވާހަކައެވެ. އެއީވެސް މުއިއްޒު އައިފަހުން ހެދި ސާވޭއެއް ނޫނެވެ. އެހެން ނޫނަސް ސާވޭއެއް ހަދާ ރެކަމަންޑޭޝަން ތަކެއް ދިނުމުން ސިޓީކައުންސިލްގެ ޒިންމާ އަދާކުރެވުނީ ކަމަށް ވާނެހެއްޔެވެ. ނުވާނެއެވެ. ނޭވަޔަކު ދެކޮޅު އަނގަ ފުރާފައި ސަރުކާރުގެ މުއައްސަސާތައް ފެލިވެފައިވާ ކަމަށް ދޭހަވާ މޭރުމުން މުއިއްޒު ވާހަކަ ދެއްކުމުން މުއިއްޒު ފޭލިނުވެ ހުރިކަމަކަށް ވެސް ނުވާނެއެވެ. އެހެން ބައެއްގެ ބޮލުގައި އިލްޒާމު އަޅުވައިގެން ކަންކަމުން ރެކެން ނުހަދާށެވެ.

     

    ގާނޫނާއި ހިލާފަށް 200 ވިޔާފާރިއެއް މާލޭގައި ބިދޭސީން ކުރާކަމަށް ތަންކޮޅެއް ކުރީން ސިޓީކައުންސިލުން ބުނެފައިވެއެވެ. މިހާރު އެ އަދަދު ހުރީ ކިހާ ވަރަކަށް ކަން ސިޓީކައުންސިލަށް އެނގޭ ހެއްޔެވެ. އެކަން ބަލަން އަނެއްކާ ވެސް ސާވޭ އެއްހަދާފައި ނަތީޖާއާއި ރެކަމަންޑޭޝަން އަވަހަށް ފޮނުވާށެވެ. އޭރުން އެ އޮތީ ޒިންމާ އަދާކުރެވިފައެވެ. އެވަރުގެ ސަވޭއެއް ހަދާލަން ކިއްކުރާ ސިޓީ ކައުންސިލެއް ހެއްޔެވެ. ކުދި ބަޔަކަށް ސައި ދީފައި އެކަން ކުރަން ހަވާލު ކުރިޔަސް ބުނި ގޮތަކަށް ސާވޭކޮށް އެއްދުވަހުން ވެސް އެކަން ކޮށް ނިންމާލާނެއެވެ.

    ނެތިގެން އުޅެނީ ސާވޭ ކުރާނެ ސިޓީ ކައުންސިލެއް ނޫނެވެ. ޒިންމާދާރު މަސައްކަތެއް ކުރާނެ ސިޓީ ކައުންސިލެކެވެ. ސިޓީ ކައުންސިލަކީ ފެޑަރަލް ސަރުކާރަކަށް ހެދިގެން މޭޔަރ ރައީސުލްޖުމްހޫރިއްޔާއަށް ވެގަނެގެން ސަރުކާރުގެ ސިޔާސަތުތައް އޯވަރޓޭކްކޮށް ފުށުންޖަހާ ސަރުކާރު ހިންގަން ދަތިކުރުމަކީ ލާމަރުކަޒު ވުމެއް ނޫނެވެ.

    އޮޅެގެން ނޫޅޭށެވެ. ސަރުކާރަށް އެއްބާރުލުން ދޭންޖެހެނީ ސިޓީ ކައުންސިލުންނެވެ. ރައްޔިތުންގެ ވޯޓަކުން ސިޓީ ކައުންސިލް ހޮވަނީ ދައުލަތުގެ ތެރޭގައި އިދިކޮޅު ސަރުކާރެއް އުފައްދާ ސަރުކާރަށް ދަތިކޮށް ހިންގުން ހުއްޓުވާކަށް ނޫނެވެ. އެއްބާރުލުން ދީގެން ކާމިޔާބު މަސައްކަތް ތަކެއްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހޯދާށެވެ. އަންނަން އޮންނަ އިންތިހާބެއް އިދިކޮޅަށް ކާމިޔާބުކޮށް ދިނުމަށް ޖާގަ ހަދާކަށް ނޫނެވެ.

    ]]>
    Sun, 11 Dec 2022 10:46:17 +0500 ހީރަސް
    މެހުމާންދާރީން ދުނިޔޭގެ އެއްވަނަ: ދިވެހިރާއްޖެ https://heerasnews.com/788 https://heerasnews.com/788

    މުޅި ދުނިޔޭން  އެންމެ މެހެމާންދާރީ ރަގަޅު ގައުމުތަކުގެ އެންމެ ކުރިއަށް ދިވެހިރާއްޖެ އަރައިފިއެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ނިއުސ އެޖެންސީ ސީއެންއެން ގެ ”ދި ވޯލްޑްސް މޯސްޓް ވެލްކަމިންގ ކަންޓްރީސް އޮފް 2022” ގެ އެއްވަނައިގައި https://mbr.mv/Maldives ރާއްޖެ ހިމެނުނީ ގިނަ ކަންތައްތަކަކަށް ބަލައިގެންނެވެ. އެތެރެވުމުގެ ވިސާ ފްރީ ކިތައް ގައުމަކަށްތޯއާއި، އޮންއެރައިވަލް ވިސާއާއި، ދަތުރުކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ މިންވަރު ފަދަ މުހިންމު ގިނަ ކަންކަން ރާއްޖެއަށް ލިބުމުގައި ހިމެނިފައި ވެއެވެ. ރާއްޖެ މިވަނީ ދުނިޔޭގައި ދަތުރުކުރުމަށް އެންމެ ފަހި އަދި ރައްކާތެރި މަންޒިލުގެ 1 ވަނައިގައެވެ.

    މެލޭޝިއާ ފަދަ ފަދަ ގައުމުތައް ލިސްޓުގެ 4 ވަނައިގައި އޮތް އިރު ބޫޓާން ހިމެނެނީ އެންމެ ކުޑަކޮށް ހުޅުވިފައިވާ ގައުމުތަކުގެ ލިސްޓުގައެވެ. ފަތުރުވެރިންނަށް ދަތުރުކުރަން އެންމެ އުނދަގޫ އުމުތަކުގެ ލިސްޓުގައި ހިމެނެނީ ނޯތު ކޮރެއާ، ތުރުކިމިނިސްތާން އަދި އަފްގާނިސްތާނެވެ. އެހެނަސް ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިޔާ މެހެމާންދާރީގައި ނަމޫނާ ގައުމެކެވެ. ދިވެހިންގެ މެހެމާންދާރީ ފެނި ރާއްޖެއަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އަންނަ ފަތުރުވެރިންގެ އަދަދު އެހާމެ ގިނައެވެ.

    ކޯވިޑް19 އަށްފަހު 2020 ވަނަ އަހަރުގެ ޖުލައިމަހު ރާއްޖޭގެ ބޯޑަރު އަލުން ފަތުރުވެރިންނަށް ހުޅުވާލުމާއިއެކު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ދަނީ އަންނަމުންނެވެ. މިހާތަނަށް ރާއްޖެއަށް 1.53 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

    ރައީސް ސާލިހުގެ ވެރިކަމުގައި ރާއްޖެއިން ޖެހިޖެހިގެން 3 ފަހަރު ވަނީ ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން“ އެވޯޑް ހާސިލްކޮށްފައެވެ.

    ރާއްޖޭގެ ތާރީހުގައި ފަތުރުވެރިކަމަށް މިވަރު ބޮޑު ޝަރަފެއް މީގެ ކުރިއަކުން ލިބިފައެއް ނުވެއެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގައި ރާއްޖެއަށް ކުރިއެރުންތައް ލިބެމުން މި ދަނީ އެއް ރޮނގަކުން ދެ ރޮނގަކުން ނޫނެވެ.

    ]]>
    Sat, 10 Dec 2022 22:27:09 +0500 ހީރަސް
    ވެރިކަމުން ބޭލީމާ ނިކުމެ މަސްވެރިންގެ ވާހަކަ ނުދައްކާ https://heerasnews.com/787 https://heerasnews.com/787 ވެރިކަމުގެ ދަހިވެތިކަމުގައި ދިހަ ބާރަ ސިޔާސީ ޕާޓީ ހަދައިގެން އެތައް ބަޔަކު މަރުފަލި އެބަޖަހައެވެ. ސިޔާސީ ހަސް ނެތަސް ކޮންމެ ބަޔެއްގެ ވެސް ނިކަން ބޮޑު އަނގައެއް އޮވެއެވެ. ބޭނުންހާ ކަމެއް ބޭނުންހާ ގޮތަކަށް ކުރަމުންވެސް ވެރިކަމުގެ މަސްތުގާ ސަރުކާރަށް ފާޑެއް ނުކިޔައެއް ނުވާނެތާއެވެ. އެއްކޮޅުން ކަންކަން ނުވާތީ ތަޅާ އަގައިން ހީވާނީ ތަލިވެއްޓި ދާނެހެނެވެ. ރައްޔިތުން އެދޭކަމެއް އެދޭގޮތަކަށް ސަރުކާރުން ކޮށްދިނަސް ދަތްވިކާ އޮތިއްޔާ ހެދެން އޮތް ފިތުނައެއް ހަދައެވެ.

    ރާއްޖޭގެ މަސްވެރިންގެ ހިތުގާ ނަފުރަތު އުފައްދަންވެސް އިދޮޅުން ނެގި ނެގިފައި އެބަޖެހެއެވެ. ވެރިކަމުގައި 5 އަހަރު ހޭދަވުމުން ބޭރުކޮށްލި މީހުން މިއަދު ނިކުމެ މަސްވެރިންނޭ ކިޔައިގެން ކޯތަޅުވަން ލަދެއް ހަޔާތެއް ނެތެވެ. މަސްގަންނަ މައި ފެކްޓަރީ އޮތީ މައުމޫނު ވެރިކަމުގައި ކުރިކަމެއް ކުރި ގޮތަށެވެ. އާބަތުރަ ފިލުވުމެއް އައުވަސީލަތް ގާއިމުކޮށް ދިނުމެއް ނެތިއެވެ. ކެޕޭސިޓީ އިތުރު ކުރަން ކުރިކަމެއް ނެތެވެ. މަސްވެރިން ބާނާމަސް ފިނިކުރަން އައިސް ލިބޭނެ އިންތިޒާމެއް ނެތެވެ.

    ރަށްރަށުގައި ހުއްޓިފައި ހުރި އައިސް ޕްލާންޓްތައް ހުރީ ވީރާނާވާން ދޫކޮށް ލެވިފައެވެ. ކޫއްޑޫގެ ހާލަތުވެސް އޮތީ ދޮޅިފުރާ ނޭވާލާން ތައްޔާރަށް އޮތް ބަލި މީހެއް ފަދައިންނެވެ. މައުމޫނަށް ފަހު ކުރީ ސަރުކާރުތަކުން ކުރިކަމެއް ކުރަންއުޅުނު ކަމެއް ހަރާމެވެ.

    މި ސަރުކާރު ވެރިކަމަށް އައިތަނާ ކޮވިޑްގެ ވަބާގައި ގައުމުތައް ބަންދުވެއްޖެއެވެ. މަހެއް ބާނަން ބަޔަކަށް ފުރަ ނޫޅެވޭ ވަރަށް ބަލި މަޑުކަން ފެތުރި ގައުމު އޮތީ މަރުތަޅު އެޅިފައެވެ. ފުރަބަންދުން ވީއްލިފައި މަދު ރަށެއް އޮތަސް މުޅި ގައުމާ ދުނިޔެ އޮތީ ހުއްޓިފައެވެ. މަހެއް ބެނިޔަސް ބޭރުކުރެވޭނެ އެއްވެސް ގައުމެއް ދުނިޔެއަކު ނެތެވެ. ކޮވިޑާ ހުރެ ގައުމުތައް އޮތީ މަރުތަޅު އަޅުވާފައެވެ. ބޭރުން އެތެރެއެއް ނުވެވެއެވެ. އެތެރޭން ބޭރެއް ނުވެވެއެވެ. އެގޮތުގައި ދެއަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެގެން ދިޔަކަން ނޭގޭ މީހަކު ނޫޅޭނެއެވެ.

    ގައުމުގައި ކައިބޯ އުޅުނީ މާލިއްޔާގައި ޖަމާގައި ހުރި އެއްޗަކުންނެވެ. ފައިސާ ހޯދޭނެ ގޮތެއް އާއްމު މީހާއިން ފެށިގެން ސަރުކާރަށްވެސް ނެތެވެ. ބަލިމަޑުކަމުން އަރައިގަނެވި ރާއްޖެއާއި އެހެން ބައެއް ގައުމުތައް ހުޅުވި ދަތުރު ފަތުރުކޮށްލެވޭވަރު ވީފަހުން މިއުޅެނީ އަހަރެއްހާ ދުވަސް ނުވެއެވެ. އުދަނގުލާ ދަތީގައި ގައުމު ބަނޑަށް ޖެހުނަނުދީ ހިފަހައްޓާލެވުނީ ކިރިޔަ ކިރިޔާއެވެ. ދުރުވިސްނުމާއި ރޭވުން ތެރި ސިޔާސަތެއްގައި ކަންކަން ހަމަ މަގަށް އެޅުވުނީތީއެވެ. ހެޔޮއެދޭ ގައުމުތަކާ ޖަމާއަތްތަކާއެކު ދެމެހެއްޓީ އިތުބާރާއި ގާތްކަމަކީ ރައްޔިތުންގެ ނަސީބެވެ.

    އިގުތިސާދު އަޑިއަޅާފައިވާ ޥާހަކައާއި ރިޒަރވް ދައްވެ ދަރަނީގެ ވާހަކަ ސިޔާސީ ބޭނުމުގައި ދައްކާ މީހުންގެ ކުޑަވެސް އިހުލާސްތެރިކަމެއް ނެތެވެ. އާލަމީ ވަބާގެ ސަބަބުން ގައުމަށް ދިމާވި ހިތްދަތި ހާލަތާއި ރަނގަޅު ހާލަތުގައި އޮވެ ކުރިއްސުރެ ގައުމު ދަރަނިވެރި ކުރުވާފައި އޮތް މިންވަރަށް ބެލުމެއްނެތި ފިތުނަ އުފެއްދުމުގައި ރޭނިދި ނުނިދާ ބަޔަކު އެބައުޅޭއެވެ. ދަތި އުނދަގޫ ހާލަތުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދީ ކުރާނެ ކަމެއްނެތިފައި ތިބި އެތައް ބަޔަކަށް ވަޒީފާތައް ހޯދަދީ ރައްޔިތުންގެ އެތައް ބަޔަކަށް ނަފާވެރި ދިރިއުޅުމެއް ލިބެމުން ދާތަން މި ބާގާ މީހުންނަކަށް ނުފެނެއެވެ.

    ދުނިޔެ ހުޅުވަމުން ދިޔަދިޔަހެން އަންނަ ފަތުރުވެރިން އިތުރުވެ ލިބޭ އާމްދަނީ ބޮޑުވެ ހަމަ މަގަށް އެޅެމުން މިހުރެ ދަނީ ފަތު އަޑު ކިޔާފައެވެ. ދަރަނި މެނޭޖުކޮށްގެން ހުއްޓުމަކަށް ނުގޮސް ގައުމު ބިނާކޮށް އިގުތިސާދު ފުޅާކޮށް އާމްދަނީ ގުނަވާކަން އިހުސާސް ކޮށްދިނުމަށް ވުރެ އެ ބަގައަށް މުހިންމީ ފިތުނަ އުފެއްދުމެވެ.

    ރާއްޖޭގެ ސާދަ ރަށެއްގައި ހުއްޓި ހަސް ނެތިފައިވާ 14 އައިސް ޕްލާންޓް އޮޕަރޭޝަނަށް ގެނެސް މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހައިން ލިބޭނެ ގޮތް ހަދާދިންތަނެއް ކަނު މީހުންނަކަށް ނުފެންނާނެއެވެ. ކުރީގެ ސަރުކާރުން މަސްގަނެ މަސްވެރިންނަށް ނުދީ އޮތް އެތަކެއް މިލިޔަން ރުފިޔާދީ ނިންމިކަމެއް ހިއްސުތައް ހަމަނޫން ވީމާ ނޭގެނެއެވެ. ސަރުކާރުން ސްޓޯރޭޖު ބޮޑުކޮށް ގަންނަ މަސް އެތައް ގުނައަކަށް އިތުރުކަމަކަށްވެސް ނުވާނެއެވެ. ނުވެ އޮތް ކަމެއް ހޯދައިގެން ފިތުނަ އުފެއްދުންނޫން ކަމެއް ވެރިކަން ހޯދަން ކުރާކަށް ނޭގޭނެއެވެ.

    ]]>
    Sat, 10 Dec 2022 19:00:19 +0500 ހީރަސް
    މެންބަރު އުޝާމަށް: ބާގީ ނާޒިމާއި ބާގީ ރިޔާޒަށް ތުހުމަތެއްނެތް! https://heerasnews.com/786 https://heerasnews.com/786 މަވަރު މީހަކު ނެތިގެން އުޅުމުގައި ވިލިމާލެ ދާއިރާގެ މެންބަރ އުޝާމު ވަރު މީހަކު މަދުވާނެއެވެ. ގާނޫނީ ވަކީލަކަށް ވީތީ ރައްޔިތުންގެ މަޖިލިސް މެންބަރުކަން ލިބުމުން މީހާއަށް މީހާ އޮޅޭ ވަރެކެވެ. ތިމާއަކީ މުޅި ރައްޔިތުންނޭ ހީވާ ކަހަލައެވެ. ތިމާ ގަބޫލުކުރާ ގޮތަކީ މުޅި ރައްޔިތުންގެ ގަބޫލުކުރާ ގޮތްކަމަށް ދެކި ރައްޔިތުންގެ ތެރޭގައި ފަސާދަ އުފެއްދުން ނޫންކަމެއް މި އުޝާމަކު ނުކުރެއެވެ.

    ސީނުކަރަންކާގެ ނާޒިމަށް ރާއްޖޭގެ ވެރިކަން ހޯދާދީގެން އުޝާމަށް ސަރުކާރު ތެރޭގައި ދަނޑިމަތި އަނބުރާލެވޭނެ ކަމުގެ ހުވަފެން ދެކިގެން އުޅޭ އިރު ހީވަނީ މޮޔަގެރިއެއް އުޅޭހެނެވެ. މަވަރެއް ނެތިގެން އުޅޭ އެހެރަ ބޮޑު ގާނޫނީ ވަކީލު މީސްމީހުނަށް ވައްކަމުގެ ތުހުމަތު ކުރާއިރު އަދުލު އިންސާފު އަސާސް ވެސް ނޭނގޭ ކަހަލައެވެ. ކުށެއް ސާބިތު ނުވާހާ ހިނދު ކުށްވެރިއަކަށް ނުވާނެ ކަމުގެ ގާނޫނީ ހަމަ ގަބޫލު ނުކޮށް ސިޔާސީ ބޭނުމުގާ ފަސާދަ އުފައްދާ ލޯޔަރުގެ ޖާހިލުކަމެވެ.

    ރައްޔިތުނަށް ބޭނުންވެފައިވާ ގިނަކަންކަން ސަރުކާރުން ކޮށްދޭތަން ދެކޭކަށް އުޝާމުމެނަށް ފަސޭހައެއް ނޫނެވެ. ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ މަސައްކަތް ހުއްޓުމެންނެތި ކުރިއަށް ދާތީ ހަޖަމްކުރަން ދަތިވާނެއެވެ. ބަނދަރުތައް ހަދާ އާރުޓީފެރީ އިން މުޅި ރާއްޖެ ގުޅިގެން ދިޔުމަކީ ވެރިކަން ހޯދުމަށް ބޫތުކައިފައި ތިބި ބަޔަކަށް ބޭނުން ވާނެ ގޮތެއް ނޫނެވެ. ގާއިމުކޮށްދެވޭ ހިދުމަތްތަކުގެ ސަބަބުން ސަރުކާރާމެދު ރައްޔިތުން ކުރާ އުންމީދު ބޮޑުވެ އިތުބާރު އިތުރު ވީވީހެން ސަރުކާރު ބަދުނާމުކުރަން ޒާތްޒާތުގެ ތުހުމަތު ނުކޮށެއް އުޝާމުމެނަށް ވެރިކަމުގެ ވަސްވެސް ނުފެންނާނެތާއެވެ.

    އެމްޓީސީސީގެ ސީއީއޯ އާޒިމް: ސަރުކާރުން ހިންގާ މަޝްރޫއުތައް ހިންގުމުގާ އަވަދިނެތި 

    ރައްޔިތުންނަށް ބޭނުންވާ ބޮޑެތި ގިނަކަންކަން މި ސަރުކާރުން ކުރުވަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. ވާދަވެރިން ސަރުކާރުގެ ކުންފުނިތަކަށް ކޮރަޕްޝަނުގެ އިނގިލި ދިއްކުރަނީ ސަރުކާރު ބަލިކަށިކޮށް އިތުބާރު ގެއްލުވާލުމަށެވެ. ސަރުކާރު ކުންފުނިތަކަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ވާހަކަ ފެތުރުންނޫން ކަމެއް އުޝާމްމެން ނުކުރެއެވެ. ކޮރަޕްޝަން ސާބިތުވާވަރުގެ ހެއްކާ ގަރީނާ ހުރިނަމަ ގާނޫނީ ގޮތުން ކުރެވެން އޮތްކަމެއް ނުކޮށްތިބެ ބޮޑެތި ލޯޔަރުން މިޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ.

    ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ހާމަކަން ބޮޑުކޮށް ކުރާތީ، ތުހުމަތުގެ އިނގިލި ދިއްކުރުމުގެ ފުރުސަތު އޮންނާނެއެވެ. ދޮންކަޅު އަންގާނުލާ ސިއްރުން މި ސަރުކާރުން ކަންކަން ކުރާނަމަ ދެއްކޭނެ ވާހަކައެއް ނުއޮންނާނެއެވެ. ހާމަކަން ބޮޑުކޮށް ކަންކަން މި ސަރުކާރުން ކުރަނީ ކޮރަޕްޝަނަށް ތަރުހީބު ނުދޭތީއެވެ. ގާނޫނީ ހަމަތަކުގެ މަތިން ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަކަށް މި ސަރުކާރުން ހުރަހެއް ނާޅައެވެ. ނުވެސް އަޅާނެއެވެ.

    ބަޔަކު ކުރާހާ ތުހުމަތަކީ ތެދެއް ނޫނެވެ. ތުހުމަތުތަކަށް ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅަން ވަރުވަރުން މުއައްސަސާ އެ ހުރީއެވެ. ތުހުމަތުކުރާ ބަޔަކު ތުހުމަތު ކުރާހެން ކުރާ ތުހުމަތުން ބަރީއަވުމަށް ތުހުމަތު ރައްދުވާ ފަރާތަށް ވެސް ފުރުސަތު ދީގެން އިންސާފު ގާއިމުކުރަން މި ސަރުކާރުން ހުރަހެއް ނާޅާނެއެވެ. އެހެނެއް ކަމަކު ސިޔާސީ ގޮތުން ވާދަވެރިން ކުރާހާ ތުހުމަތު ތަކަކީ ހައްގު ތެދު ކަމަކަށް ވެސް ނުވާނެއެވެ.

    ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން މި ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ އެންމެ އިސްމަގާމު ތަކުގައި އެހާ ގިނައީ ކީއްވެގެންތޯ އުޝާމް ސުވާލުކުރީމާ އަންނަނީ ހިންޏެވެ.

    އުޝާމްމެން ޕާޓީގައި ތިޔަ ތިބީ ސާފު ތާހިރު ހުދު ބޯކިރު ކޮޅެއް ފަދަ މީހުންނެވެ. ކިލައެއް މިލައެއް ނެތެވެ. ދުނިޔޭގެ މަޝްހޫރު މާފިޔާ ގޭންގް އާތަރ ބްރަދަރސްއާއި އެކު ހަތިޔާރު ވަގު ވިޔާފާރި ހިންގި އެއް ދިވެއްސަކީ އުޝާމުގެ ސިޔާސީ ލީޑަރ ކަމަށް މީހުން ކިޔާ އުޅެއެވެ. ރާއްޖޭގައި އުފެދިފައި އޮތް ގާނޫނީ ސަރުކަރެއްގެ ރައީސުލްޖުމްހުރިއްޔާއަށް ޝަރުތަކާ ނުލާ އިސްތިއުފާ ދޭން މަޖުބޫރު ކުރިކަމަށް އާއްމު އެއްވުމެއްގައި އިއުތިރާފްވި ބާގީ ނާޒިމަކީ އުޝާމްމެން ޕާޓީގެ ލީޑަރެވެ.

    ރާއްޖޭގެ ގާނޫނީ ރައީސަށް މަޖުބޫރު ކުރުވައިގެން އިސްތިއުފާ ސިޓީއެއް ލިޔުއްވާ އެއްވެސް ހައިސިއްޔަތެއް ނެތި އެސިޓީ ހިފައިގެން ގޮސް މަޖިލީހުގެ ރައީސަށް ދިން ބާގީ ރިޔާޒަކީ އުޝާމުގެ އަނެއް ކޮލީގެވެ. ޑރ. އަފްރާޝީމުގެ ގާތުލާ ގުޅިގެން ކްރައިމް ސީން ކްލޮރިނާއި ޑިޓޯލުން ދޮވެ ސާފުކޮށް ޕޯސްޓުމޯޓަމް ނުހަދާ ވަޅުލާ އެ ޖަރީމާގެ ހެކިތައް ނައްތާލި ޕޮލިސް ކޮމިޝަނަރަކީ އުޝާމްމެންގެ ބަގީ ރިޔާޒެވެ.

    ގެއްލުނު ވެރިކަމުގެ އަރާމާ މަސްތުގައި ވެރިކަމުގެ ލައްޒަތު ހޯދަން އެއްތަނުން އަނެއް ތަނަށް ދުވާ ދުންޔާ މައުމޫނު ވެސް ތިޔަހުރީ އުޝާމުމެންނާ އެކީގައެވެ. ތިޔަބައިގަޑުގައި އެތިބީ މިކަހަލަ ހައްސައެވެ.

    މި ސަރުކާރުގެ ކާމިޔާބީ ތަކަށް ހަސަދަވެރިވާ އުޝާމުމެން ކަހަލަ މީހުން ތިޔަ ކުރަނީ ފަސާދައެވެ. ވެރިކަން ހޯދަން ކުރާނެ އެހެން ކަމެއް އުޝާމުމެންނަކަށް ނުފެނެއެވެ. އެއްވެސް ހައްގަކާ ނުލާ މީހުންގެ ބޮލުގައި ތުހުމަތުތައް އަޅުވާ އަގުވައްޓާލަން މަސައްކަތް ކުރާއިރު ތިމާގެ ވަށައިގެން ތިބީ ކޮން ބައެއްކަން ވެސް ނޭނގޭހާ ގަމާރީތާއެވެ. 

    ]]>
    Sat, 10 Dec 2022 14:29:09 +0500 ހީރަސް
    ނޮވެމްބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި4 https://heerasnews.com/785 https://heerasnews.com/785 ކޮލި އަލިމަނިކުގެ ބާރުން ބާރުލިބިގެން ނާސިރު އަރިހުގައި އިލްޔާސް އިބްރާހީމަށް ގަދަކަން ލިބުނު އެހެން ސަބަބެއް ވެއެވެ. އެއީ އިލްޔާސް އިބްރާހީމަކީ ކޮލިގޭ ހުރިހާ ބޭން ދެލޯނޭދި ލޯބިވާ އުހުތު އައިޝަތު ނާސިރާ (ކުޑަ ނާސިރާ) އިންތިހާ ދަރަޖައަށް ހިތްޕުޅާވި ފިރިކަލުންނެވެ.

    ވިޔަފާރީގައި ދެވަނައެއް ނެތް ކޮލިގޭގެ ޅިޔަން ކަމާއި ކޮލި އަލިމަނިކުގެ ސިޔާސީ ގަދަކަމުން ބާރު ލިބިގެން ހުންނެވި އިލްޔާސް އިބްރާހީމްއަކީ ދުނިޔެ އުމުރަށް ވެރިކަން ކުރާން ނިޔަތް ގަނެގެން ތިބި ކާމިނީ އާއިލާއާ އެންމެ ގާތުގައިވާ އެންމެ ބޮޑު ސިޔާސީ ގޮންޖެހުމެވެ. 

    އެހެނެއް ކަމަކު ރައީސް ނާސިރުގެ ހިތްހަލާލު މައުމޫނަށް ލިބުނު އެއް ސަބަބަކީ ވެސް އިލްޔާސްއެވެ. އިލްޔާސް އިބްރާހީމް ގެ ފަހަތް އެހާ ގަދަވެފައި އޮތީ ޝައްކެއްވެސް ނެތި ކޮލިގެއިންނެވެ.

    އަމުދުން އެހާ ކުރީ ކޮޅު ސީދާ ގޮތުގައި ކޮލިގެއަށް އަމާޒު ކުރާނެ ފަންވަރު މައުމޫނުގެ ސިޔާސީ ކަނޑީގެ މިޔައިގައި ނެތްކަން މައުމޫނަށް ސާފުވާނެއެވެ. ކޮލިގެއަށް ސިޔާސީ ބިރު ދެއްކުމަށްޓަކާ އެންމެ ފުރަތަމަ ކާމިނީގެއިން ނެއްޓިގަންނަން ޖެހެނީ އިލްޔާސް އިބްރާހިމްގެ ބިރުންނެވެ.

    ނޮވެމްބަރ 3 ގެ އެތިފަހަރު އިލްޔާސް އިބްރާހީމް އާއި އެހާ ސީދާ ވުމުގައި އެ ނޫން ވަކިއޮތީ، އިތުރު ކޮން ސަބަބެއް ހެއްޔެވެ.  

    ހަތިޔާރު އެޅި ތަމަޅައިންނަށް ތީމުގެ ނުފެނި މާދުރުގައި ހުރި ކިނބިގަސްދޮށުގެއަށް ވަދެ ކުޑަނެވި ތުއްތު މަނިކު ޝަހީދު ކޮށްގެން ވެސް އިލްޔާސް އިބްރާހީމް އަތުޖެހުން ތަގްދީރުގައި ނެތީއެވެ.

    ކާމިނީގެއިން ދުއް ތާއަބަދުގެ ދިވެހި ވެރިކަމުގެ ހުވަފެނުގެ ހުރަހަކަށް އޭރު ހުރީ އިލްޔާސް އިބްރާހީމް ކަމަށްވާއިރު، އިލްޔާސް، އިލްޔާހަކަށް ވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކޮލި އަލިމަނިކާއި ކޮލިގޭ އާއިލާއިން ކަން ކާމިނީގޭ އާއިލާއަށް ވަރަށް ސާފުކޮށް އެނގޭނެއެވެ.

    ތެދެކެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމި، އެމަނިކުފާނު ރާއްޖެ އޮތް ކޮޅަށް އިސްތަށިފުޅު ނުލާނެ ވަރުގެ ސަބަބުތައް މައުމޫނު މެދުވެރި ކުރިއެވެ. 

    ނާސިރު ނެތަސް ކޮލި އަލިމަނިކާ ކޮލިގެ އާއިލާގެ ތަނަވަސް ކަމާ ނުފޫޒަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ތިނޯހެއްގެ ފާގަހާ ހިމަ ޖާގަ އަކުން ވިޔަސް ނޮވެމްބަރ 3 އިން އިލްޔާސް އިބްރާހިމްގެ ފުރާނަ ސަލާމަތް ވުމުން ޕްލޭން ބީ އެއް ހޯދުން މުހިންމު ވާނެތާއެވެ.

    ކޮލިގެ ބޮޑު އާއިލާއާއި ދައުލަތާއި ނުބައްދަލު އެމީހުންގެ ތަނަވަސް ކަމުގެ ބިރު އޭރުވެސް އޮތީ އޮތް ގޮތަށެވެ. ސީދާ އަތްލާން ދިމާ ކޮށްފި ނަމަ ވާނެ ގޮތް ނޭނގޭތީ ދުރުތަނުން ނަމަވެސް ނޮވެމްބަރ 3 އާ ގުޅުން ހުރިކަމުގެ ބިރު ކޮލިގެއާ ގުޅުވޭނެ ގޮތެއް ކާމިނީގެއަށް މުހިންމު ވާނެއެވެ.

    ޒަމާނުއްސުރެ އެމީހުންނާ ގުޅުން އޮތް ، އެކީ އެއްތަށި އެއްބައި ކައި ސިއްރު ބުނެ ވިޔަފާރީގެ ގުޅުން ތަކުން ބަދެވިފައިވާ ދުރުތާ ކޮލިގޭ މީހަކީ ކާކުތޯ ކާމިނީ އާއިލާއިން ހޯދުމަކީ މުހިންމު ކަމެކެވެ. އެ މީހަކީ ކާބަފައި ޒަމާނުއްސުރެ ކޮލިގެއާ ގުޅިފައިވާ ފަރާތަކަށް ވުން ކޮންމެހެން ބޭނުމެވެ.

    ރާއްޖޭގެ ޓޫރިޒަމްގެ ކުރީ ކޮޅުން ފެށިގެން އެވިޔަފާރީގެ ތެރެއިން އަރަމުން އައި ދުރުތާ ކޮލިގެ މީހާ މައުމޫނަށް ފެނިއްޖެއެވެ. އެއީ ދެވަނަ ދެމީހެއް ނޫނެވެ. ސިއްކަ އަހުމަދު އިސްމާއީލް މަނިކު ނުވަތަ ބޮޑު ސިއްކައެވެ.

    މިއަދުގެ ސިޔާސީ ބޭނުމަށްޓަކާ އޭގެ 34 އަހަރު ފަހުން ބޮޑު ސިއްކައަކީ ނޮވެމްބަރ 3 ގެ މޭސްތެރިޔާއޭ، ގައްދާރޭ، ގާތިލޭ ކިޔަސް އެދުވަހު ސިއްކަ އާއި ދެކޮޅަށް ފަރުމާ ކޮށްފައި އޮތީ އެނގިހުރެ ނޭންގި މީހެއްގެ ތުހުމަތެވެ. މި ތުހުމަތުގެ ފަހަތުން ދޭ އިންޒާރަކީ ނުސީދާކޮށް ކޮލިގެއަށް ދިން އިންޒާރެކެވެ.

    ކާމިނީގެއިން ކޮލިގެއަށް މިއަންގާ އެންގުމަކީ، ސިއްކައަށް އެނގެންޏާ ނޮވެމްބަރ 3 ގެ މައުލޫމާތު ކޮލި އަހްމަދު އުމަރު މަނިކާއި މުހަންމަދު އުމަރު މަނިކާ އަލީ އުމަރު މަނިކާއި ތިޔަ ގޭ މުހަންމައިދީއަށް ވެސް އެނގޭނެ ކަމަށް ދިން އިންޒާރެވެ.

    އެނގިހުރެ ނޭންގުމޭ ކިޔާ މާމޮޅު ކުށެއް ހަދައިގެން ބޭނުންވާ ކޮންމެ މީހަކަށް ބިރު ދައްކާ އަނިޔާ ދިނީ އެ 30 އަހަރު ކާމިނީ އާއިލާގެ ވެރިކަން ދެމެހެއްޓުމަށެވެ.

    ]]>
    Fri, 09 Dec 2022 12:11:59 +0500 ހީރަސް
    މުއައްޒަފުންގެ އަގުވަޒަކޮށް އެސްޓީއޯ ދިން ފުރަތަމަ އެވޯޑް https://heerasnews.com/784 https://heerasnews.com/784 އެސްޓީއޯގެ ކާމިޔާބީގެ އަސްލަކީ އެސްޓީއޯގެ ހީވާގި މުއައްޒަފުންނެވެ. އެސްޓީއޯ އުފެދުނީއްސުރެ އަދާ ހަމައަށް އެސްޓީއޯގައި ހިދުމަތްކުރެއްވި ގިނަ ގުނަ މުއައްޒަފުން ކުރި ބުރަ ހިއްވަރާ މަސައްކަތުގެ އަގުވަޒަންކުރާ ވެރިއަކު އެސްޓީއޯ މީގެ ކުރިއަކުން ދެކިފައެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގައުމު ހިންގެވުމާ ހަވާލުވެ ވަޑައިގެން އެސްޓީއޯއަށް ހޯއްދަވާ ދެއްވީ މުއައްޒަފުންގެ އަގު ވަޒަން ކުރައްވަން ދެނި ވަޑައިގަންނަވާ ފިސާރި ހިންގުންތެރި އޯގާތެރި ވެރިއެކެވެ.

    މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހުސައިން އަމްރުއަކީ އެސްޓީއޯގެ މުއައްޒަފުން ލޯތްބާއި އެއްބާރުލުން ހޯއްދަވައިގެން ކުންފުނި އައު އުސްމިނަކަށް ގެންދެވުމަށް ހިތާ ރޫހުން މަސައްކަތްކުރައްވާ ބޭފުޅެކެވެ. ކޮންމެ ކުންފުންޏެއްގައި ވެސް އެ ކުންފުންޏެއްގެ މުއައްޒިފުންނަކީ ކުންފުނި ހިންގާ ހަކަތަކަން އަމްރު ދެނެވަޑައިގަނެއެވެ. މުއައްޒަފުންގެ ގުޅުމާއި ކުންފުންޏަށް އޮންނަ ލޯތްބާއި ވަފާތެރިކަމާއި ހީވާގި މަސައްކަތާ ނުލާ ކުންފުނި ދިރި ނުއޮންނާނެކަން އަމްރު ނިކަން ރަނގަޅަށް ދެނެވަޑައިގަނެއެވެ.

    މުއައްޒަފުންނަށް ރަނގަޅު މުސަރައާއި އިނާޔަތްތައް އެކަނި ދިނުމަކުން ނުފުދެއެވެ. ވަޒީފާ އަދާ ކުރާވެއްޓަކީ އުފާވެރި އަމާން ހިތްހަމަޖެހޭ ވެއްޓަކަށް ވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ހުނަރާ ގާބިލުކަން ދައްކާ ދެވޭ ފަދަ ވެއްޓަކަށް ހަދަން ޖެހެއެވެ. އިލްމާ ހުނަރު އިތުރުކޮށް އައު ހިޔާލާ އީޖާދީ ވިސްނުމަށް ފަހި ވެއްޓަކަށް ވެސް ވާން ޖެހެއެވެ. މި ހުރިހާ ކަންކަމާއެކު މަސައްކަތުގެ އަގު ވަޒަންކުރާ ވެއްޓަކަށް ވުމަކީ ކޮންމެހެން މުހިންމުކަމެކެވެ. މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ލީޑަރެއްގެ ގޮތުން އެސްޓީއޯގައި އެ ހުރިހާ ކަންކަމެއް މުއައްޒަފުންނަށް އެ ގެންދަވަނީ ކަށަވަރު ކޮށްދެއްވަމުންނެވެ.

    ފުރަތަމަ ފަހަރަށް އެސްޓީއޯގައި ސްޓާފް އެވޯޑް ނައިޓެއް ފާހަގަކުރި ކުރުމަކީ އެސްޓީއޯގެ މުއްޒަފުންގެ ހިތްތައް އުފަލުން ފޮޅޭނެކަމެކެވެ. އެސްޓީއޯގެ މުއައްޒަފުންގެ ތެރެއިން އެވޯޑް ހައްގުވާ މުއައްޒަފުން ފާހަގަ ކޮށްދިނީ އެސްޓީއޯގެ މުއައްޒަފުންނެވެ. މެނޭޖުމެންޓަކުން ނޫނެވެ. ފަހަރެއްގައި ވެސް އިސްވެރިން ހުނި ޖަހާލާފައި ވަކި ބަޔަކަށް ދިން އެވޯޑަކަށް ނުވުމަކީ އިތުބާރާ އިންސާފުވެރި ފެށުމަކުން ފެށުނު ކަމުގެ ރަމްޒެކެވެ.

    ތަފާތު އެ ތަކެއް ދައިރާއަކަށް ބަލާލެވިގެން 08 ޑިސެމްބަރ 2022 ގައި ދިން އެސްޓީއޯގެ ސްޓާފް އެވޯޑަކީ އައުހިޔާލާއި އީޖާދީ ވިސްނުމާއި ބަދަހި ގުޅުމާއެކު އެސްޓީއޯ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ބިންގަލެކެވެ. އެސްޓީއޯގެ ސްޓާފް އެވޯޑަކީ ހެޔޮވެރިކަމެއް ކުރާ ތަފާތު ކުރުމެއް ނެތް ރައީސް ސާލިހުގެ އިރުޝާދާއި މަޝްވަރާ ހޯއްދަވައިގެން އެސްޓީއޯ ފަހި އެހެން ހަރުފަތަކަށް ގެންދެވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ އަމާޒަށް ވާސިލުވުމަށް ކޮށުނު ކުރު މަގެކެވެ.

    އެވޯޑަށް ވާދަ ކޮށްލެވޭ ވަރުގެ 598 މުއައްޒަފުން އެސްޓީއޯގައި ތިބި ތިބުމުން ދައްކާދެނީ އެސްޓީއޯ ޓީމުގެ ގާބިލުކަމެވެ. ހުނަރުވެރިކަމެވެ. އެސްޓީއޯއަކީ އާދައިގެ ކުންފުންޏެއް ނޫންކަމެވެ. ހުނަރުވެރި ފަންނުވެރި މުރާލި ހީވާގި ކަމަށްކަމޭ ހިތާ މުއައްޒަފުން ތިބި ތަނެއް ކަމެވެ. އާނއެކެވެ. ހުސައިން އަމްރުގެ މޭސްތިރިކަމުގައި މުއައްޒަފުންނަށް ހައްގު ޝަރަފުދީ މަސައްކަތުގެ އަގުވަޒަން ކުރަން ފެށި ފެށުމަށް ވުރެ ވަކީން ބޮޑު ކާމިޔާބީއެއް އެސްޓީއޯގެ މުޅި ތާރީހުގައި ދެކިފައެއް ނުއޮންނާނެއެވެ.

    ]]>
    Fri, 09 Dec 2022 00:57:20 +0500 ހީރަސް
    ޗައިނާގެ ރައީސް ޒީ ސައުދީއަށް https://heerasnews.com/783 https://heerasnews.com/783 ސައުދީ އަރަބިއްޔާގެ ޕްރައި މިނިސްޓަރ ކްރޯން ޕްރިންސް މުހައްމަދު ބިން ސަލްމާންގެ ހާއްސަ ދައުވަތަކަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ކުރައްވާ 3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި މިއަދު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒަށް ވަޑައިގަންނަވައިފިއެވެ. ރައީސް ޒީގެ މި ދަތުރުފުޅުގައި ސައުދީ އާއި އެކު އެކުވެރިކަމާއި ވިޔަފާރިއާއި އަދި އިންވެސްޓްމެންޓްގެ ދާއިރާއިން އެގްރީމެންޓްތަކެއް ކުރެވިގެން ދާނެއެވެ. މި އެއްބަސްވުންތަކުގެ އަގު 29.6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސައުދޫ ޕްރެސް އެޖެންސީން މައުލޫމާތު ދެއެވެ.

    ސައުދީ އާއި ޗައިނާގެ ދެމެދު މިހާރު އުފެދެމުން މިދާ އާދަޔާ ހިލާފު ގުޅުމުގެ ސަބަބުން ހުޅަގުގެ ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. ހާއްސަކޮށް އެމެރިކާގެ އޮފިޝަލުން ކަންބޮޑުވާނެ ކަމަށް މެދުއިރުމަތީ ހާލަތު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ޗައިނާއިން އިސްނަގައިގެން އުފައްދާފައިވާ ސަރަހައްދީ ޖަމުއްޔާ "ބްރިކްސް" ގައި ވެސް ސައުދީން ބައިވެރިވުމަށް ވަނީ އެދިފައެވެ. އަދި އެމެރިކާ ޑޮލަރު ދުނިޔޭ ކަރަންސީ ބާޒާރު ޑޮމިނޭޓް ކޮއްފައިވާތީ ޑޮލަރު ނޫން ކަރަންސީއެއް ހޯދުމަށް އުފެއްދި ބޭންކް އެސްސީއޯ ގައިވެސް ބައިވެރިވުމަށް ވަނީ އެދިފައެވެ.

    ޗައިނާއަކީ ދުނިޔޭގެ ބާރަކަށް ވާތީ ޗައިނާގެ ބާރުގައި ސައުދީ ކްރޯން ޕްރިންސް މުހައްމަދު ބިން ސަލްމާން ދުނިޔޭގެ ލީޑަޝިޕް ސްޓޭޖުގެ އެންމެ އުހަށް އެރުމަށް މަސައްކަތް ކުރާކަމަށް ވެސް ދަނީ ބުނަމުންނެވެ. ސަބަބަކީ ޗައިނާގެ 25 ޕަސެންޓް ތެލަކީ ސައުދީން އެތެރެކުރާ ތެލެވެ. އަދި ސައުދީ ވިޝަން 2030 ނިއޯން ސިޓީ ޕްރޮޖެކްޓަށް ވެސް ޗައިނާގެ ޝައުގު ވެރިކަން ވަރަށް ބޮޑެވެ.

    ތުރުކީގައި ހުންނަ ސައުދީ އެންބަސީ ތެރޭގައި ނޫސްވެރިޔާ ހަސޯގީ މަރާލި މައްސަލައިގައި އެމެރިކާގެ ސީއައިއޭ އަދި އެފްބީއައި އިން ތަހުގީގުކޮއްފައި ނެރުނު ރިޕޯޓުގައި ސައުދީ ކްރޯން ޕްރިންސް މުހައްމަދު ބިން ސަލްމާނު ކުރުވިކަމެއް ކަމަށް ބަޔާންކޮއްފައި އޮތް އޮތުމުން ސައުދީއާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި މިހާރު ހިގަމުންދާ ރަޝިޔާ ޔޫކްރޭން ހަގުރާމައިގައި ރަޝިޔާއަށް ސައުދީ ތާއީދު ކުރާކަމަށާއި ވޭދުވެ ދިޔަ ނޮވެންބަރުމަހު އެމެރިކާގައި ބޭއްވުނު މެދު ޓާރމް އެލެކްޝަންއާއި ދިމާކޮށް ތެޔޮ އުފެއްދުން މަދުކުރުމުން ދެ ގައުމުގެ ގުޅުމަށް ވަރަށް ބޮޑަށް އަސަރު ކޮއްފައެވެ.

    ސައުދީ އަރަބިއްޔާ އަކީ އެމެރިކާ ބުނިހާ ގޮތަކަށް ހަދައިގެން މިހާތަނަށް އުޅެމުންދާ ގައުމަކަށް ވާއިރު ޗައިނާއާއި މިވަރުގެ ގުޅުމެއް އުފެއްދުމަކީ ސައުދީ ސަރުކާރުން އަޅާ ނުބައި ފިޔަވަޅެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ. އެމެރިކާ ރުޅިއައި ނަމަވެސް ސައުދީ ވަނީ ޗައިނާ އާއި އެކު އިތުރަށް ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ފަށާފައެވެ. ޗައިނާ ރައީސްގެ މި ދަތުރުފުޅާ އެކު ޓީމް ބައިޑަން (އެމެރިކާގެ ރައީސް ބައިޑަންގެ ޓީމް) ދަނީ މީޑިއާ ތަކުން މި ކަންބޮޑު ކުރާ ކުރުން ކުޑަ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. 

    ]]>
    Thu, 08 Dec 2022 19:28:17 +0500 ހީރަސް
    ނޮވެންބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި 3 https://heerasnews.com/782 https://heerasnews.com/782 11 ނޮވެމްބަރ 1978 ގައި ފުރަތަމަ ހުވާ ކުރިރޭ އައި ފުރަތަމަ ނޮވެމްބަރ 3 ގައި އެންމެ ވަޒަނެއް ގޮއްވާ ނުލާ ނިމުނަސް 10 އަހަރު ފަހުން ގެނައި އަސްލު ނޮވެމްބަރ 3 ވެގެން ދިޔައީ 19 ދިވެހިން ޝަހީދުކޮށް، ގައުމަށް ގެއްލުން ބޮޑު ނަމަވެސް ކާމިނީ އާއިލާއިން އުމުރަށް ވެރިކަން ކުރުމަށް ކުރި އުންމީދުގައި ދަމާލި ވަރުގަދަ ބިންގަލަކަށެވެ. 88 ނޮވެމްބަރ 3 އަކީ އިލްޔާސް އިބްރާހިމްގެ މައްޗަށް ކާމިނީގެއިން ގަދަވެ ގަތްކަން  ހޮދު އިލްޔާސްއަށް އަންގައި ދިނުމުގެ ފުރަތަމަ މަރުޙަލާއެވެ.

    ރޭވުން ހުރި ވަރު ހާމަވާ ކަމަކީ، މާލޭ ފަސްމަތީ ފައިޖެހުނު އިރު ލުތުފީގެ ކޮންޓްރޯލް ގެއްލިއްޖެއެވެ. ލުތުފީ އެ ހުރީ ގަދަވެ ހެޔޮ ހާލުގައެވެ. މިއީ ދޮގެކޭ ބުނި ނަމަ އެއީ ވީގޮތް ކަމަށް ބުނެ ކުރިން އޭނާ ބައެއް މީހުންގާތު ހެދީ ދޮގެވެ.

    ފުރަތަމައިނުން ވެސް ކޮމާންޑަރު ވަސަންތީ އަވަސްވެ ގަތީ ގާޒީ ބިލްޑިންގ ކުރިމަތީ ހުރި ފުލުސް އޮފީހާ ޑިފެންސް އިމާރާތުގެ ތެރޭން ލާފައި  އެތެރެވާން ކަމަށް ބެލެވެއެވެ. އެކަމަކު އޭނާއަށް ނޭނގޭ އެހެން ރޭވުމެއް އޭނާގެ ފަހަތުގައި ހުއްޓަތީވެ ސިފައިންގެއަށް ވަނަ ނުދީ ކޮމާންޑަރު ވަސަންތީ އޮތީ މޫނު ވަތަށް ފާރުބުޑަށް މަރާ ވައްޓާލާފައެވެ. 

    އެއާ ދާދި ގާތުގައި ރައީސް އޮފީހާ ގާޒީ ބިލްޑިންގ ދެމެދު ގޯޅިއަށް ބަޑިޖަހާ މަރާ ވައްޓާލާފައި އޮތް ތަމަޅަ ހަނގުރާމަ ވެރިޔަކީ ވަސަންތީ މަރާލި މީހާތޯ ސުވާލު އުފެއްދި ދާނެއެވެ.  

    ކޮންމެ ގޮތެއް ވިޔަސް 3 ފަށަލައިގެ ބޮޑު ރޭވުމަކުން ހިނގާފައިވާ ކަމަށް ބެލެވޭ 1988 ނޮވެމްބަރ 3 ގެ ގްރައުންޑް ރިއަލިޓީ އިން ފެންނަ ޝައުގުވެރި ކަންކަން ގިނައެވެ.

    ފުރަތަމަ ކަމަކަށް ކުރިން ވެސް ބުނި ފަދައިން އެ ބޮޑު އޯކިޑް މަގުގައި ހާމައަށް ހުރި ތީމުގެއާ މާބޮޑު އަޅާލުމެއް ނެތި ހަނގުރާމަވެރިން އެންމެ ފުރަތަމަ ވެސް މިސްރާބު ޖަހާ އެ ދިޔަ ގޮތަށް ގޮސް ވަދެގަތީ މާދުރުގައި ހުރި އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ މއ. ކިނބިގަސްދޮށުގެއަށެވެ. އެގޭ ތެރޭގައި ކުޑަނެވި ތުއްތު މަނިކު ޝަހީދު ކޮށްލީ އިލްޔާސާ ހަމައަށް ދިއުމަށް ހުރި ހުރަހަކަށް އޭނާ ވީމައެވެ. އެއާ ހިލާފަށް ތީމުގޭގައި އުޅުނު މެހި ކުރަފި ހޯނަށް ވެސް ވީކަމެއް ނެތެވެ. 

    ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމަކީ ރާއްޖެ ދުނިޔެއަށް ހުޅުވުނު މަރުހަލާ އެންމެ ބާރަށް ހިނގި ޒަމާނެވެ. ފަތުރުވެރިކަން ފެށި، އާ ސިނާއަތު  ތަކުން ދުނިޔޭގެ ތެރެއަށް ދިވެހި އިގްތިސާދު އުދުހިގަތް ދުވަސްވަރެވެ. މި މުހިންމު ދަނޑިވަޅުގައި ހާއްސަކޮށް ރާއްޖޭގެ އިގްތިސާދީ ކަންކަން އިންތިޒާމް ކުރުމުގައި ރައީސް ނާސިރުގެ އެންމެ ބޮޑު މަދަރުގާރަކީ މަރްހޫމް ކޮލި އަލި މަނިކެވެ.

    ޔުނިވަރސަލް އެންޓަރޕްރައިޒަސް ނިސްބަތްވާ މަޝްހޫރު ބޮޑު ވިޔަފާރި ނިސްބަތްވަނީ ކޮލިގެއަށެވެ. އެއީ 100 ޕަސެންޓް ވިޔަފާރިއަށް ނިސްބަތްވާ، ސިޔާަސީ ކަންކަމުން ދުރުހެލި ވެގެންތިބޭ އާއިލާ އެކެވެ. ގުޅީ އީސާ ކަލޭފާނަށްވީ ހުރިހާ ގޮތެއް ކޮލިގޭ ކުދިންގެ ބައްޕަ މަރްހޫމް ޢުމަރު މަނިކުގެ ދަރިންނަށް ދެއްވި އެންމެ އަގުހުރި ފިލާވަޅުކަމުގައި ފުދެއެވެ.

    ވިޔަފާރިއާ ސިޔާސަތު ކިތަންމެ ދުރު ކުރަން ބެލިޔަސް ކޮލިގެއާ ގުޅޭ އެއް ސަރކިޓް ސިޔާސީ ކަންކަމުގެ ވަތުބަތާނާ މާކުރިންސުރެ ހުރީ ގުޅިފައެވެ. އާދައިގެ ގޮތަކަށް އެސަރކިޓް ބްރޭކްކޮށް ވައްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އޭގެ އެއްނަރު ގުޅިފައި އިނީ ކޮލިގެއަށެވެ. އަނެއްނަރު ގުޅެނީ ކާމިނީގޭ ކުދިންގެ ބޮޑުފަހަރި، މައުމޫނުގެ އަނބިކަނބަލުން މާފަންނު އެންދެރިމާގޭ ނަސްރީނާ އިބްރާހީމަށެވެ.

    ]]>
    Thu, 08 Dec 2022 18:38:56 +0500 ހީރަސް
    ސިއްކަ އެނބުރިއައުން: ޔާމީނަށް ހަޖަމެއްނުވި https://heerasnews.com/781 https://heerasnews.com/781 ނޮވެންބަރ 3ގެ އުދުވާނާ ގުޅުވައިގެން ޒާތްޒާތަށް ޔާމީނުގެ އަޅުކުދިން އެ ވާހަކަ ދައްކަނީ ހާދަހާވާ އަސަރެއް ކުރާތީއެވެ. ނޮވެންބަރ ތިނެއްގެ އުދުވާނު ހިންގި އެކަކު ކަމުގައިވާ ސަގަރު ނާސިރު މިނިވަންވެގެން ރާއްޖޭގައި އެހެރަގެން އުޅެނީއެވެ. ކަރޯ އައްބާސާއި އަބްދުﷲ ޝާހިދު ވެސް މިނިވަން ކަމާއެކު އެބައުޅެއެވެ. ޕައިލެޓް ނައީމް ވެސް ހަމަ އެހެނެވެ. އުމަރު ޖަމާލު ވެސް މިނިވަންކަމާއެކު ވިޔާފާރި ކުރުމުގައި އަވަދި ނެތި އެހެރަގެން އުޅެނީއެވެ. ބުނެވި ދިޔަ އެންމެންނަކީ ވަރަށް ބޮޑެތި ހުކުން އިއްވާ ހުކުން ތަންފީޒު ކޮށްފައި ތިބި މީހުނެވެ. އެ މީހުންނަކީ އުޅޭ ބައެއްކަން ވެސް ނޭނގެއެވެ.

    ސަގަރު ނާސިރު

    ބުނެވި ދިޔަ އެންމެން ދެކެ ނުގަންނަ ބިރެއް ސިއްކަ އަހުމަދު އިސްމާއީލް މަނިކު ދެކެ ބަޔަކު މިގަންނަނީ ކީއްވެ ހެއްޔެވެ. ހަމަތެދެކެވެ. ސިއްކަ އަހުމަދު އިސްމާއީލް މަނިކު ރާއްޖެ ވަޑައިގަތުމުން ޔާމީނުގެ އައުވާނުންނަށް ހަޖަމެއް ނުކުރެވުނެވެ. ރައީސް ސާލިހުގެ އަނބިކަނބަލުންގެ ބައްޕާފުޅަށް ވީތީއެވެ. ސިޔާސީ ގޮތުން ހަސަދައާއި ފިތުނަވެރިކަން ފެތުރުމަށް ނޮވެންބަރު ތިނެއްގެ އުދުވާނުގެ ވާހަކަ ބަޔަކު ދައްކަނީކަން ގިނަ ދިވެހިންނަކަށް ނުއޮޅެއެވެ.

    ސިއްކަ އަހުމަދު އިސްމާއީލް މަނިކު ގެ ނަން ގަންނަ ކޮންމެ ތަނެއްގައި ނޮވެންބަރ 3 ގެ މޭސްތިރިޔާ ކަމަށް އިދިކޮޅުން ބުންޏަސް ނޮވެންބަރ ތިނެއްގެ އުދުވާނުގެ މޭސްތިރިންނަކީ ކޮންބައެއްކަން މީހުންނަކަށް ނޯޅެއެވެ. ޔާމީނުގެ އައުވާނުން ސިއްކަ އަހުމަދު އިސްމާއީލު މަނިކުގެ ބޮލަށް އެ އުދުވާނު ކަނޑާލަން އުޅުނަސް އެކަމެއް މިހާރަކު ނުވާނެއެވެ. މައުމޫނަކީ މުޅި ޝަރުއީ ނިޒާމްކަމުގައި އޮތް އިރު މައުމޫނަށް ނުވިކަމެއް މިއަދު އަމްދުން ނުވާނެއެވެ. ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ސިއްކަ އަހުމަދު އިސްމާއީލު މަނިކު ބޮލަށް ކަނޑާލަން މައުމޫނު ކުރިހާ މަސައްކަތުން އޭރު ނުވިކަމެއް މިހާރަކު ދެނެއް ނުވާނެއެވެ.

    އެނގި ހުރެ ނޭންގުމުގެ ކުށަކީ ރާއްޖޭގެ ގާނޫނުލް އުގޫބާތު މިހާރަކު ދަންނަ ކުށެއް ވެސް ނޫނެވެ. އެއްވެސް ވަރަކަށް އެ އުދުވާނުގައި ސިއްކަގެ ބައިވެރިވުމެއް އޮތްކަން ސާބިތެއް ނުކުރެވުނެވެ. މައުމޫނު އުޅެއުޅެ ބައްޔަށް ވީވަރަކީ އެނގި ހުރެ ނޭންގުމުގެ ކުށް ސިއްކަގެ މައްޗަށް ސާބިތު ކުރުމެވެ. ބައިވެރިވިކަން ސާބިތު ކުރެވޭނީ އެއްވެސް ވަރެއްގެ ބައިވެރިވުމެއް އޮތްނަމަތާއެވެ.

    ނޮވެންބަރު 3 ގެ އުދުވާނާ ގުޅިގެން ކުށް ސާބިތުކޮށް ހައްޔަރު ކުރި މީހުންގެ ތެރޭން އެންމެ ފުރަތަމަ ވެސް ބަންދުގައި ތިން އަހަރުވެސް ނުވަނީސް މައުމޫނު މާފުދީ ދޫކޮށްލީ ވެސް ސިއްކަ އަހުމަދު އިސްމާއީލު މަނިކެވެ. ހަގީގަތުގައި ވެސް ސިއްކަ އަހުމަދު އިސްމާއީލް މަނިކުގެ އެއްވެސް ދައުރެއް އެ އުދުވާނުގައި ނެތްކަން އޭރު ވެސް މިހާރު ވެސް މައުމޫނު ގަބޫލު ކުރެއެވެ. ސިޔާސީ ގޮތުން ފްރޭމް ކޮށްގެން މީހުން ހިފާ ހައްޔަރުކޮށް ޖަލަށްލުމަކީ ކާމިނީގޭ ކުދިންގެ ކަށީގައި ހިފާފާ ހުންނަ އާދައެކެވެ.

    ރައްޔިތުން ބިރުގަންނަވާ ފަސާދަ އުފައްދަން ޔާމީނުގެ އައުވާނުން ކޮށްފައި ނުކުރާނެކަމެއް ނޯވެއެވެ. ހައްގަކާނުލާ މީހުންގެ އިއްޒަތުންނަފްސް ކަތިލާލުމަކީ ޔާމީނުގެ އަޅުކުދިންނަށް އެއްވެސް ކަމަކަށް ނުވެއެވެ. އެގޮތުން ނޮވެންބަރ 3 ގެ އުދުވާނީ ހަމަލާގައި އިސްކޮށް އުޅުނު އަބްދުﷲ ލުތުފީއާއި ހަވާލާދީ މައުމޫނު އަވަހާރަކޮށްލަން ސިއްކަ އެދުނު ކަމަށް ލުތުފީ ބުނި ކަމަށް ރާއްޖޭގެ އޮންލައިން ނޫހަކުން މިދިޔަ ނޮވެންބަރ 2 ވަނަ ދުވަހު https://dhiyares.com ރިޕޯޓްކޮށްފައި އޮތެވެ. ޖަލުގައި ހައްޔަރުކޮށްފައި ހުރި އަބްދުﷲ ލުތުފީއާއި އެ ނޫހުން ފޯނުންގުޅި ކަމަށް އެ ރިޕޯޓްގައި އޮތެވެ.

    އެއްވެސް މީހަކަށް ޖަލު ބަންދުގައި ހުރި މީހަކާ ފޯނުން ވިޔަސް ވާހަކަ ދައްކާ މައުލޫމާތު ހޯދޭނީ ޖަލު ބަލަހައްޓާ މުއައްސަސާއިން ގަވައިދުން ހުއްދަ ލިބިގެންނެވެ. ލުތުފީއާއި ފޯނުން ގުޅައިގެން ވާހަކަ ދައްކާ މައުލޫމާތު ހޯދުމުގެ ހުއްދައެއް އެ ނޫހުން ހޯދާފައެއް ނެތެވެ. އެހެން ކަމަށް ވާނަމަ އެ ނޫހުން މައުލޫމާތު ހޯދާފައި އެވަނީ ގާނޫނާ ހިލާފަށެވެ. ޖަލަށް ފޯނު ވައްދުވައިގެން ލުތުފީއާއި ވާހަކަ ދެއްކުމަކީ ހިންގި ޖަރީމާއެކެވެ. ޑްރަގް ޕާޓޭންނެކޭ ތަފާތެއް ނެތެވެ. އެހެން އެކަން ނުވާނަމަ އެއީ ލުތުފީ ނުދައްކާ ވާހަކައެއް ދޮގު ހަދައިގެން އެ ނޫހުން ފެތުރި ފެތުރުމެކެވެ. ދެ ގޮތުން ކުރެ ކޮންމެ ގޮތަކަށް ވީނަމަވެސް އެއީ ސިޔާސީ ބޭނުމުގައި ހިންގި ބޮޑު ޖަރީމާއެކެވެ. މީހަކު މެރުމުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫނެވެ. ޓެރެރިޒަމެވެ.  

    ]]>
    Thu, 08 Dec 2022 15:14:58 +0500 ހީރަސް
    ކުރިއަށް އޮތް ބައިގަޑި އިރު މާލޭގެ އެކި ހިސާބުން ކަރަންޓް ކެނޑިދާނެ https://heerasnews.com/780 https://heerasnews.com/780 ހުޅުމާލޭގެ އިންޖީނު ގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލެއާއި މާލޭގެ އެކި ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނައީ ދާދި ދެންމެއަކުއެވެ. ކަރަންޓު ކެނޑިގެން ދިމާވެދާނެ ދަތިކަށް ސްޓެލްކޯއިން ނިހާޔަތަށް މާފަށް އެދެއެވެ.

    ]]>
    Thu, 08 Dec 2022 12:20:22 +0500 ހީރަސް
    ގުރައިދުއަށް ބޭނުން ގިނަކަންތައް ސަރުކާރުން ކޮށްދީފި: އިދިކޮޅު https://heerasnews.com/779 https://heerasnews.com/779

    ސަރުކާރުން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ނުހިނގާކަން ދެއްކުމަށް ޔާމީނު ހިންގާ ފިތުނައިގެ މަޝްރޫއުން ހައްތާ ލިބެނީ ކޮޅު ކެއްސެވެ. ޔާމީނު ނޫން އެހެން އެހެންގޮތެއް އޮތްކަމަށް ގަބޫލުނުކުރާ ކައުންސިލަރުން ލައްވާ ކިތަންމެ ފިތުނައެއް އުފައްދަން އުޅުނަސް ހަގީގަތް ބަދަލެއް ނުވާނެއެވެ.

    ޔާމީނުގެ ފުރިހަމަ ކޮންޓްރޯލު އޮތް ކައުންސިލަރުން އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ވެސް ބޭނުންވަނީ މި ސަރުކާރަށް ކަންކަން ނުކުރެވޭކަން ދެއްކުމެވެ. ސަރުކާރުން ހިންގާން ބޭނުންވާ އެއްވެސް ކަމެއް އެކި ބަހަނާ ދައްކައިގެން ހިންގިޔަ ނުދިނުމެވެ. އެއްބާރުލުން ނުދީ ދަތިކުރުމެވެ. ޔާމީނު އެމީހުން ޕްރޮގްރާމް ކޮށްފައި އޮންނަނީ އެގޮތަށެވެ. އެހެނެއްކަމަކު އަޅު ކުދިންކޮޅު ލައްވާ ޔާމީނު ހިންގާ ފިތުނައިގެ މަޝްރޫއުތަކުން ކުޑަވެސް އަސަރެއް މި ސަރުކާރަކަށް ނުކުރެއެވެ.

    ޔާމީނު ވެރިކަން ނިމުނު އިރު: ގުރައިދޫ ބަނދަރު

    ރައީސް ސާލިހު ސަރުކާރުން ހަދާދީފައިވާ: ގުރައިދޫ ބަނދަރު

    ގައްސާނު މައުމޫނު ގޮނޑި ހޫނުކުރާ ދާއިރާގެ ތ. ގުރައިދުއަކީ ޕީޕީއެމް އަޅު ކައުންސިލެއް އޮންނަ ރަށެކެވެ. މި ސަރުކާރުން ރަށްރަށަގައި ހިންގާ ތަރައްގީގެ އެއްވެސް ކަމަކީ ހިނގާ ކަންކަން ނޫންކަން ދައްކަން ޔާމީނުގެ މައުތު ޕީސް ލައްވާ މީޑިއާގައި ވާހަކަ ފަޅަނީ އެރަށް ރަށުގެ އަޅު ކައުންސިލަރުން ލައްވައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. ތަފާތުކުރުމެއް ނެތި ހަމަހަމަ ކަމާއެކު މި ސަރުކާރުން ގުރައިދޫގައި ވެސް އެތައް ކަމެއް ކޮށްދީފިއެވެ.  

    މަގުތައް ހެދުމާއި ޓާފް ދަނޑެއް މަރާމާތުކުރުން ނޫން އެއްވެސް ކަމެއް ތ. ގުރައިދޫގައި ނުކުރެވި އޮތް ކަމަކަށް ނުވެއެވެ. ބޮޑު ވާހަކަ އަކަށް ހަދައިގެން ދައްކަން އެނގުނުހާ ވެސް ވާހަކައަކީ މި އަހަރަށް ބަޖެޓްކޮށްފައި އޮތް މަގުހެދުން ލަސްކޮށްފައިވާ ވާހަކައެވެ.

    ޓާފް ދަޑެއް މަރާމާތު ކުރުމާއި މަގުތައް ހެދުން ނޫން ކަންކަން ގުރައިދޫގައި ސަރުކާރުން ނިންމާދީފައި އޮތް ކަމަށް އިދިކޮޅުން ވެސް އެބަ ހެކިވެއެވެ. ކަންކަން ކުރިޔަ ނުދޭން ގަދަފައި ވިއްދަމުން ދައްކަނީ ކަންކަން ނުކުރެވި އޮތް ވާހަކައެވެ. ކަމެއް ކޮށްފިއްޔާ ދައްކަނީ ހަރަދު ބޮޑު ވާހަކައާއި ދަރަނީގެ ވާހަކައެވެ.

    ގުރައިދޫ ފަދަ ޔާމީނުގެ އަޅުކައުންސިލެއް އޮންނަ ރަށްރަށުގައި ޓާފް ދަނޑުގެ މަރާމާތާއި މަގު ހެދުން ނޫން ރައްޔިތުން ބޭނުންވާ ހުރިހާ މަސައްކަތެއް ކުރެވިފައި އޮތްކަން އިދިކޮޅުން ކަށަވަރު ކޮށްދިނުމުން ރައްޔިތުން ރައީސް ސާލިހުގެ ސަރުކާރު ބަލައިގެންފައިވާ މިންވަރު ހާމަވެގެން ދެއެވެ.

    ]]>
    Thu, 08 Dec 2022 11:26:48 +0500 ހީރަސް
    ނޮވެންބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި2 https://heerasnews.com/778 https://heerasnews.com/778 ވެރިކަން ދޫކޮށްލަން ނާސިރު ނިންމެވި އިރު އަރިހުގައި ހުންނެވި އެންމެ އިތުބާރު ހިފޭ ހިންގުންތެރި ބޭފުޅަކީ އެންދެރިމާގޭ އިލްޔާސް އިބްރާހީމެވެ. އަން ކިޔާފައި ދިއްކޮށްލެވޭނެ ނަމަ ނާސިރަށް ފަހު ވެރިކަން ހަވާލު ކުރައްވަން ނާސިރު އެންމެ އެދިވަޑައިގަތް ބޭފުޅަކީ އިލްޔާސް އިބްރާހީމް ކަމަށް ދެކޭ މީހުން ގިނައެވެ. އިބްރާހީމް ނާސިރަކީ މާގިނަ ވާހަކަ ދައްކަވާ އަނގަޗަރާޑި ހެއްދެވިގެން ރަށުތެރޭގައި އަތް އުކާ ދެބުމަ ގޮއްޖަހައިގެން ކާމިނީގޭ ޔާމީނު ފަދަ "ޕާޓޭ" އަހުލާގު ދެއްކެވި ބޭފުޅެއް ނޫނެވެ. އެއީ ކަންކުރައްވާ އިރު ބަސްމަދު ކުރައްވާ ރައީސް އިބްރާހިމް މުހަންމަދު ސާލިހު ފަދަ ބޭފުޅެކެވެ.

    މާލޭގެ ނަންހުރި ވަރުގަދަ އާއިލާ ތަކުގެ ލިސްޓަށް އެއް އިރެއްގައި ވެސް ކާމިނީގެއެއް ނާރައެވެ. މައުމޫނަށް ލެއްވި އެންމެ ބޮޑު ނަސީބަކީ ޅިޔަނު އެންދެރިމާގޭ އިލްޔާސް އިބްރާހިމެވެ. އޭރު އަދި ވަރަށް ޒުވާން ބޭފުޅަކަށްވާތީ ވެރިއެއްގެ ގޮތުގައި އިލްޔާސްގެ ނަން ދިވެހިންގެ އަރުން ދިރެން ދަތި ވާނެކަން ނާސިރަށް އެނގިވަޑައިގަނެއެވެ. އެހެން ކަމުން 1978 ގެ 10 އަހަރު ފަހުން 1988 ގައި އިލްޔާސް އިބްރާހީމް ވެރިކަމަށް ވަޑައިގަތުމާ ދެމެދުގެ ދޭތި ބެއްދިއެއްގެ ގޮތުގައި ނާސިރު މައުމޫނަށް އާނ ބަސް ނުދެއްވި ނަމަ މައުމޫނަކީ އެމީހާ ނޫންކަން ހޮދު މައުމޫނަށް އެނގި ވަޑައިގަނެއެވެ. ދުރު މީހަކަށް ވުރެ އިލްޔާސްއާއި މައުމޫނުގެ ގާތް ކަމަކީ ނާސިރުގެ ރުހުން މައުމޫނަށް ލިބި ވަޑައިގަތް ކަމަކަށް އޮތީ ވެފައެވެ.

    ގާނޫނީ ގޮތުން ޑިފެންސް މިނިސްޓަރަކީ އޭރު ރައީސުލްޖުމްހޫރިއްޔާއެވެ. އެހާ ޅައުމުރު އިލްޔާސަށް ޑިފެންސްގެ ނައިބުކަމާ ދައުލަތުގެ އާރާ ބާރާ ބުރޯކަން އޮތުމަކަށް ކާމިނީގޭގެ ހިތް ހަލާލު ނެތުމަކީ އެކަން ވާނެ ގޮތެވެ.

    މައުމޫނުގެ 10 އަހަރު ނިމި އިލްޔާސްގެ ތާރީހު ގާތް ވަމުން އަންނަ އިރު ޑިފެންސްގެ ނައިބާ ދެކޮޅަށް ފިސާރި ކަންތައް ގަނޑެއް ހިލުވާލެވި، އިލްޔާސް އިބްރާހީމް ޗާޓުން ބޭރު ނުވެއްޖެ ނަމަ އެއީ ކާމިނީގޭ ވެރިކަމަށް އޮތް ބިރެކެވެ.

    މާލެ އެރިގޮތަށް ސިފައިންގެއަށް ހަމަލާ ދިނުމަށް ފަހު އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ ކިނބިގަސްދޮށުގެ އަށް ދިޔަ މަގުތީގައި މައުމޫނު ދިރިއުޅުއްވާ ތީމުގޭ އަނބުގަހަށް ބަޑިތަޅާލުން ނޫން ކަމެއް ތަމަޅައިން ނުކުރެއެވެ. ވަންނަން ބަލައިފިނަމަ އޭރުގެ ތީމުގެ ހުރީ މާތިރި ފާރެއްލާ ދެރަވަރު ގޮތަކަށެވެ. އެކަމުން ގައިން ތެޔޮހަން ދިޔަ މީހަކު ވެސް ތީމުގެއަކު ނެތެވެ. ފަތިސް ވަގުތު ތީމުގެއިން ނިކުމެ ވަޑައިގެން މަޑުމަޑުން ހިންގަވާފައި ހަތިޔާރު އެޅި ތަމަޅައިން ކައިރިންލާފާ މ. ގުލިސްތާނުގެއަށް މައުމޫނާއި އާއިލާ ވަންނަވަން ދެން އެމީހުން ކުޑަވެސް ގޯނާއެއް ކޮށް ނުލާ ބަލަން ތިއްބެވެ. އެކަމަކު ތީމުގެއާއި މާދުރުން ފަރީދީމަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ މަސްހޫރު ގޯލު ކީޕަރު ހަމީޒު ބަޑިޖަހާ މަރާވައްޓާލި ތަމަޅައިން މައުމޫނު އަރިހުން ހޭވެސް އަހާނުލައެވެ.

    އެހެނެއް ކަމަކު އިލްޔާސް ދިރިއުޅުއްވާ ކިނބިގަސްދޮށުގެއަށް ތަމަޅައިން ވަދެގަތެވެ. ސިފައިންގެ އޮފިސަރެއް ކަމަށްވާ ކުޑަނެވި ތުއްތުމަނިކުގެ މެއަށް ދާދި ގާތުން އަމާޒުކޮށް ބަޑިޖަހާ ޝަހީދު ކޮށްލިއެވެ. އިލްޔާސް އިބްރާހީމަށް ފުރާނަ އާއިގެން ސަލާމަތް ވެވުނީ ސިކުންތު ކޮޅެއްގެ ފަރަގުން އެ މަނިކުފާނުގެ އަނގުންތައް ބިނދިފައިވާ ހާލުކޮޅުގައި ކިރިޔާއެވެ. ކާމީނީގޭ ކުއްޖެއްގެ ގައިގާ ކޫރުމެއް ވެސް ނޭޅެއެވެ.

    ހިނގާ ކަންކަމާ މެދު ނުވިސްނާ ތިއްބަކަސް އެނގޭނެ އެއްޗެއް ނޯންނާނެއެވެ. ބޭރުފުށުން ދައްކާ ކުލަވަރާ އިއްވާ އަޑާ މަންޒަރުގެ ބޮޑު ބަޔަކީ އޮޅުވާލުމެވެ.

    ]]>
    Wed, 07 Dec 2022 18:37:06 +0500 ހީރަސް
    އަލްޖަޒީރާ އިޒްރޭލު ގޮވައިގެން ދުނިޔޭގެ ކޯޓަށް https://heerasnews.com/777 https://heerasnews.com/777 އަލްޖަޒީރާ މީޑިއާ ނެޓްވޯކުގެ ފަރާތުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަޚްލެއް މަރާލި މައްސަލަ ތަހުގީގުކޮށް ދިނުމަށާއި މައްސަލަ ބެލުމަށް ރަސްމީކޮށް ހުށައަޅައިފިއެވެ. އިޒްރޭލާ ދެކޮޅަށް އަލްޖަޒީރާއިން މައްސަލައެއް މީގެކުރިން ރަސްމީކޮށް ހުށައަޅާފައެއް ނެތެވެ.

    ޝީރީންއަކީ 25 އަހަރަށް ވުރެ ގިނަ ދުވަހު އަލްޖަޒީރާގެ ރިޕޯޓރެއްގެ ގޮތުގައި އުޅެފައިވާ މީހެކެވެ. ޝީރީންއަކީ ފަލަސްތީނަށް ނިސްބަތްވާ އެމެރިކާގެ ރައްޔިތެކެވެ. ފަލަސްތީނާއި އިޒްރޭލުގައި ވެސް ވަރަށް ބޮޑަށް މަޝްހޫރު އަދި އެންމެން ވެސް ދަންނަ ނަން ހިގާ ރިޕޯޓަރެކެވެ. 

    ޝީރީނު މަރާލީ އުތުރު ވެސްޓް ބޭންކުގެ ޖެނިން ރިފިއުޖީ ކޭމްޕްއާއި ދެކޮށް ފެށި އަސްކަރީ ހަރަކާތެއް ކަވަރު ކުރަމުން ދަނިކޮން އިޒްރޭލު ސިފައިންގެ ބަޑިން ހަމަލާ ދީގެންނެވެ. ޝީރީނު މަރާލީ މި އަހަރުގެ މޭމަހުގެ 11 ވަނަ ދުވަހު އިޒްރޭލުން ހިފާފައިވާ ވެސްޓް ބޭންކްގައެވެ.

    އައި.ސީ.ސީ އަށް ހުށައެޅި ލިޔުމުގައި އަލްޖަޒީރާގެ ނޫސްވެރިންނާ ކުރިމަތިލާން ޖެހުނު ހަމަލާ ތަކުގެ ތަފްސީލްތައް ހިމަނާފައިވެއެވެ. 15 މޭ 2021 ގައި އަލްޖަޒީރާގެ ގާޒާ އޮފީހަށް ދިން ބޮމުގެ ހަމަލާގެ ތަފްސީލުތައް ވެސް ހިމަނާފައިވާނެ ކަމަށް އަލް ޖަޒީރާގެ ލޯޔަރު ރޮޑްނޭ ޑިކްޝަން ވިދާޅުވިއެވެ.

    އޭނާ ވިދާޅުވި ގޮތުގައި " މީ ހަމައެކަނި އެއްމެ ހާދިސާއެއް ނޫން. މީ ރޭވިގެން ވަކި ޕެޓާންނަކަށް ހިންގާ ގަތުލު އާންމެއް. މި ކަން ތަހުގީގުކޮށް މި މަރާއި ގުޅިގެން ކުއްވެރިވާ އެންމެން ހޯދާ ފުރިހަމަ އަދަބެއް ދެވެން ޖެހޭނެ" އެވެ. ރޮޑްނޭ އިތުރަށް ވިދާޅުވި ގޮތުގައި "އިޒްރޭލުގެ ސަރުކާރުން މި މަރާއި ގުޅޭ ހުރިހާ ހެކި ނައްތާލުމަށާއި މިތަހުގީގު ހުއްޓުވަން ވަރަށް މަސައްކަތްކުރި" އެވެ. " ހަ މަސްދުވަހު މެދު ކެޑުމެއްނެތި އަޅުގަނޑުމެންގެ(އަލްޖަޒީރާގެ) އިންވެސްޓިގޭޓަރުން މަސައްކަތް ކުރި. އަލްޖަޒީރާއިން އައިވިޓްނަސް ހޯދާ އިންޓަވިއު ކޮއްފަ ހުންނާނެ. ވީޑިއޯ ފުޓޭޖާއި ޑޮކިއުމެންޓްސް އެވިޑެންސާ އައު ހެކި ޝީރީން މަރާގުޅިގެން ލިބިފަވޭ. ހުރިހާ މެޓީރިއަލެއްވެސް ކޯޓު ފައިލް ކޮއްފަ ހުންނާނެ" ރޮޑްނޭ ވިދާޅުވިއެވެ.

    ޝީރީންގެ އާއިލާގެ ފަރާތުންވެސް މި ދިޔަ ސެޕްޓެމްބަރ މަހު ވަނީ މި މައްސަލަ ތަހުގީގުކޮށް ދިނުމަށް އެދިފައެވެ.

    ]]>
    Tue, 06 Dec 2022 23:04:57 +0500 ހީރަސް
    ނޮވެމްބަރ3 : ކާމިނީގޭ ވެރިކަން އަބަދަށް ދަމަހައްޓަން ޖެހިމަޅި https://heerasnews.com/776 https://heerasnews.com/776 މައުމޫނިޒަމްގެ ނިވައި ފަތްގަނޑަކަށް އިސްލާމް ދީން

    ރާއްޖޭގެ އިނގިރޭސި ތައުލީމާ، ފަތުރުވެރިކަމާ، ސަރަހައްދާ ނުބައްދަލު ޝިޕިންގއާއި، ބައިނަލް އަގްވާމީ ވައިގެ ބަނދަރާއި ޓެލެކޮމިއުނިކޭޝަން އާއި މަސްދޯނި ފަހަރުގައި އިންޖީނު އަޅާ ފެލިވަރުން މަސް އެކްސްޕޯރޓްކޮށް ދުނިޔެއަށް ރާއްޖެ ހުޅުވާލި މޭސްތިރިއަކީ ރައީސް އިބްރާހިމް ނާސިރެވެ. ނާސިރުގެ ވެރިކަން ނިންމުމަށް ފެށުނު ހިމޭން ބަގާވާތުގެ މޭސްތިރިކަން އޮތީ ކާމީނީގޭގައެވެ. ބޭނުންކުރި ހަތިޔާރަކީ ހަމަ ލާދީނީ ހަތިޔާރެވެ. ރާވިއްކި މީހެކޭ ބުއި މީހެކޭ އުފުލިމީހެކޭ ހަމަހަމައޭ ކިޔާ ވައިއަޑުން އެކި ވަކި ކަމުވޮށި މީހުންގެ ކަންފަތް ބުޑަށްލައިދިން ފަތުވާ ތަކެވެ.

    އެހެން ނުވާންވީ ސަބަބެއް ނެތެވެ. މި ހުންނެވީ މިސްރުން ދީން ކިޔަވާ ވިދާޅުވެގެން ވަޑައިގެން ހުންނެވި ސާފުތޯހިރު ދަންނަ ބޭކަލެކެވެ. އަބޫޖަހުލަށްވުރެ އަރަބި ބަސް ފެންފަދަ ، އާޔަތްތައް ހިތުދަސް ބަސް މޮށުންތެރިކަން ފަހި، ބަލާގާތް ތެރިކަމާއި،  ފަސާހަތްތެރި ކަމުގެ ހަނދެއް ފަދަ ދިވެއްސެކެވެ.

    ގައިހަން ދޮން، އުމުރުން ޒުވާން، މޫނުމަތީގެ ބަނިޔާދަންކަމާއި އޮމާންކަމާއި ޒުވާން ކަމާއި ވާންކަމުން ހިތްތައް ކަތިލި، އަތްޕުޅު މަޑު ކޯރާޑި ކަންހުޅީގެ ވެރިޔާ އަލްއުސްތާޒު ދިވެހި ޖީތަންދުރާ މައުމޫން އަބްދުލްގައްޔޫމެވެ. ޔާމީން އަބްދުލް ގައްޔޫމްގެ ބޭބޭފުޅެވެ. ބައްޕާފުޅު ދޮންސީދީއަށް ވުރެ މާބޮޑަށް ވެސް އޮފުދާރު ގިރިޓީކަން އަރާހުރި ސީދީއެކެވެ.

    މައުމޫނީ ހިމޭން އިންގިލާބު

    މާލޭގެ ކަމުވޮށި ނަންހުރި އާއިލާ ތަކުން ވެސް ވެރިކަން ބޭނުމެވެ. އަރިހުރަހަށް ހިނގި އެކި ސިޔާސީ އޮއިވަރުގައި ނާސިރުގެ ވެރިކަމާ ދެކޮޅަށް ކުޑަ ބުރާސްފައްޗަކާ ބޮޑު ބުރާސްފައްޗަކުން ވެރިކަން ވައްޓާލުމުގެ ނާކާމިޔާބު ހާދިސާތައް ހިނގިއެވެ. އެތައް ބަޔަކު ޖަލަށްލެވި އަނިޔާ ލިބި  އާއިލާ ތަކުގެ ނުރުހުން  ނާސިރަށް އަމާޒުވި ދަނޑިވަޅު ވަޑައިގެން މި ހުންނެވި ދީނީ އިލްމުވެރިޔާއަކީ މިތުރުންނާ ހަތުރުން ރުހޭ މީހަކަށް ވެވިއްޖެއެވެ. އަތިރީގެއާ ކަކާގެއާ ވެލާނާގެއާ ދެމެދު އޮންނަ ވާދައިގެ ބޭރުން ދެން ރުހެވޭން ހުރި މީހަކީ ކަލްދޯ ބަޖޭ އާއޯ ފަނޑިޔާރު ކާމިނީގޭ ދޮންސީދީގެ ތުއްތު ސީދީ ފަލީލަތުލް ޝައިހުލް އުސްތާޒު މައުމޫނު އަބްދުލް ގައްޔޫމުލް އަޒުހަރީއެވެ. މައުމޫނަކީ ދިވެހިންގެ ޗޮއިސް ކަމުގައި ވެއްޖެއެވެ. މަންޒަރު ބަދަލުވަމުން ދާގޮތް ދެނެވަޑައިގެން ރައީސް އިބްރާހީމް ނާސިރު އަމިއްލަފުޅަށް ވެރިކަން ދޫކޮށްލައްވާ ސިންގަޕޫރަށް ހިޖުރަ ކުރައްވަން ނިންމެވިއެވެ.

    ތަރިތަކާއި ބުރުޖުތަކާއި ކާއިނާތުގެ ބަހުރުވައިން މައް ދިވެހި ސިކުނޑިތައް އައްސިކޮށް ، މައްކާގެ ހާޝިމް ވަންހަޔަށް ނިސްބަތްވާ ކަމުގެ ދޮގު ދައުވާއާއި އެކު ދީނީ ކާޑުން ދިވެހިންގެ މައްޗަށް ވެރިކަން ކުރައްވަން ފެއްޓެވި މައުމޫނަށް ވަގުތާއި ސާުއަތުން ވެސް ކަން އޮތީ ފަހިވާ ގޮތަށެވެ. 10 ނޮވެމްބަރ 1978 ވީ  ބަރަކާތްތެރި ހުކުރު ދުވަހުގެ އިރުއޮއްސުނީ ދިވެހިން ހިތުން ލައްކަ ނަސީބު ގަދަ ރެއަކަށެވެ.

    ހުވާކުރީ ޖެހުނު ކޮންމެ މީހަކު މަރަން ތައްޔާރަށް ހުރެ

    ނޮވެމްބަރ 11، 1978 ގެ ސުންގަޑި ސުންމިނެޓްގައި މައުމޫނު ހުވާ ކުރެއްވީ ކުރިއަށް އޮތް ރިޔާސީ 5 އަހަރަށެވެ. އެރޭ ހުވާ ކުރެއްވީ ވެސް ހޯދި ތާކުން ހަނގުރާމަވެރި ހަތިޔާރު ހޯދައިގެން، ކިރިޔާ ނުއަތަށް ކަމެއް ދިޔަޔަސް ބަޔަކު މަރާ ވެރިކަމުގައި ދެމިހުރުމަށް ތައްޔާރުވެ ހުރެއެވެ. ގާނޫނާ ހިލާފް ބޮޑު ޖަރީމާ އަކުން ފޯވެ ހުރެއެވެ. ވެރިކަމަށް އެރީ ދުނިޔެ އުމުރަށް ވެރިކަން ދަންމާލުމުގެ ނިޔަތުގައިކަން ދިވެހިންނަށް ރޭކާލި އިރު 5 އަހަރުގެ ދައުރު އޮތީ 30 އަހަރަށް ދެމިގެން ގޮހެވެ. އެވަރުގެ ބައެއްގެ އަތަށް ވެރިކަން އެރުމުން، އެކަން ދެމެހެއްޓުމަށްޓަކާ، ކިތަންމެ ނުރައްކާތެރި އެތަކެއް ނޮވެމްބަރ 3 ގެ ހީލަތްތެރި ރޭވުންތައް ނުރާވާނެ ކަމަށް ބަލަން ހެޔޮ ނުވާނެއެވެ.

    ސިފައިންގެ ވެރިޔާކަމަށް ވަނީވެސް ވެރިކަމަށް ހުވާކުރާފަހުންނެވެ. ހުވާކުރުމުގެ ކުރިން މައުމޫނު އަތުގައި ހަނގުރާމަވެރި ހަތިޔާރު އޮތުމާއި އެކުވެރިންނަށް ހަތިޔާރު ދީފާ ބޭ ތިއްބުމަކީ އޭރުވެސް ގާނޫނީ ބޮޑުކުށެކެވެ. މައުމޫނު ވެރިކަމަށް ހުވާ ކުރީ ގާނޫނާ ހިލާފަށް ހަތިޔާރު އުކުޅަށް ޖަހައިގެން ހުރެއެވެ. އެރޭ އެކަމެއް ކުރާނީ ގައިމު އެކަމަށް ތައްޔާރުވެ ތަމްރީނު ވެސް ހޯދައިގެން ތިބީމާކަން ޔަގީނެވެ.  ހޮދުތިމާގެ ހިމަށް ހަނގުރާމަ ވެރި ފަޔަރ އާރމް ޖަހާ އެހެން ދިވެހިންތަކެއްގެ އަތަށް ހަތިޔާރު ދިނީ ވެރިކަމަށް ޓަކައެވެ. އެއީ ކާމިނީގޭ ވެރިކަމުގެ ފެށުމެވެ.

    ނޮވެމްބަރ 3 ގެ ފަސްމަންޒަރު

    އޭގެ 10 އަހަރު ފަހުން ދިވެހި ވެރިކަމުގެ ބާރުތައް ތެތް ތުވާއްޔެއްހެން ދިގުމުއްދަތަށް ތަޅާ ބުރުއްސި ބަޔަކަށް، ދިވެހިންގެ ބަދަލުގައި ވަސަންތީ އާއި އައްޕި އާއި ނައްލައި ނާދަނު ފަދަ ވަލު ތަމަޅައިންގެ ބަޔަކު  މެޝިން ބަޑިއާ ، އޮޓޮމެޓިކް ރައިފަލާއި  ރޮކެޓް ޕްރޮޕަލަރ ގްރެނޭޑުން ޖަރީކޮށް ރާއްޖެ ނާރުވާނެ ކަމަށް ދެކޭން އޮތީ ކޮން ހުއްޖަތެއް ހެއްޔެވެ.

    އޭރުގެ ސިފައިންގެ ނައިބަކަށް ހުރި އިލްޔާސަށް ސިފައިންގެ ލޯތްބާ އިތުބާރު އޮތްލެއް ބޮޑުކަމުން ވެރިކަން ފިރުކާލާފާނެތީ ކުރިކަމަކަށް ނުވުމަށްވުރެ ވުންކައިރިއެވެ. ހަނގުރާމަވެރިންގެ ކައިރިން ދަރިއާއި އަނބިމީހާއާއި ނޯކަރުން ގޮވައިގެން ހިނގާލާފާ ދިޔައިރު އަޅާވެސް ނުލާ ދޫކޮށްލީ ގައިމު ކަމެއް ވެގެންތާއެވެ. އެ ދުވަހު މައުމޫނަށް ވުރެ ހަތިޔާރު އެޅި މީހުންގެ ބޮޑު އަމާޒު ފަތްގަނޑަކަށް އިލްޔާސް ވީ ސަބަބެއްވެސް އޮންނަންވަނެތާއެވެ.

    މިކަމެއްގެ މައުލޫމާތު ލިބިހުރި އަބްދުލް މަޖީދު ހާލިދު އެ މައުލޫމާތު ދިނުމުން، ބޭރުފުށުން ވެލި ބަސްތާ ތަކެއް ޖަހާ ކަން ދެއްކުމަށް މެރި ފޯރީގެ ފޯރިއާއި ޖޯޝް ދިވެހި ސިފައިންގެ ފުށުން ނަގާލީ ކޮންކަމެއް ކިހިނެއް އިންތިޒާމް ކޮށްގެން ނޮވެމްބަރ  3 ގެނައުމުގެ ޖާގަ ތަނަވަސް ކުރުން ނޫން އިތުރު ބޭނުމެއް އޮވެގެނެއް ނޫނެވެ.

    ]]>
    Tue, 06 Dec 2022 19:46:55 +0500 ހީރަސް
    ޔާމީނުގެ އަޅު ކައުންސިލަރުންނަށް ޕްރޮޖެކްޓްތަކެއް ނުހުއްޓުވޭނެ https://heerasnews.com/775 https://heerasnews.com/775 ރައީސް ސޯލިހުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގައި އަސާސީ ހިދުމަތް ގާއިމުކޮށް ނުދެވޭ އެންމެ ރަށެއް ވެސް ނޯންނާނެ ވާހަކަ ބުނާތީ ބަޔަކަށް ހާދަ ވަރެއް އެބަވެއެވެ. އެކަމާ މޭ ބޮޑުވެ ޔާމީނުގެ އަޅު ކުދިންކޮޅު އަނެއްކާ އާ ކުޅިއެއް ފަށައިފިއެވެ. ރަށްރަށުގައި ކުރެވިފައި ހުރި ކަންކަމާ ކުރެވެމުންދާ ކަންކަން އެއީ ނުވާ ކަންކަމަށް ހަދައިގެން ފިތުނަ އުފެއްދުމުގެ ކެންޕޭން އޮތީ މެކުހަށް ޖަހާފައެވެ. އެކަމަކު ހޭވައްޓާލާފައި ރަށްރަށަށް ގުޅައިގެން އުޅެ އުޅެވެސް ފިތުނައެއް އުފައްދާލަން އުޅޭ ވަރަކަށް އެ ވެރިންނަށް ލިބެނީ ހައްތަހާ ވެސް ކެއްސެވެ.ޕީޕީއެމަށް ގޮސް ހުސްވެފައި ތިބި ކައުންސިލަރުން ލައްވާ އެއްވާނަކަށް ދޮގު ހެއްދުމުގެ ކެންޕޭން އަތަށް ގޮވުންނޫން ކަމެއް ނުވެއެވެ.

    ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތަކަކީ  އެކި ފަރާތްތަކަށް ކޮންޓްރެކްޓަށް ދީގެން ކުރެވޭ މަސައްކަތްތަކެއް ކަން ތުއްތު ކުއްޖާއަށް ވެސް އެނގޭނެއެވެ. އެއްބަސްވުމުގައި ސޮއި ކުރާ ތާރީހުން ފެށިގެން މަސައްކަތް ނިންމުމަށް މުއްދަތެއް ދީފާ އޮންނަ ކަންވެސް އެނގޭނެއެވެ. ކޮންޓްރެކްޓް މަސައްކަތީ ޕީޕީއެމްގެ ކައުންސިލަރ ރަވައިގަތީމާ ރޭ ގޮތަށް އޮންނަ ކަމެއް ނުންތާއެވެ. 

    މަސައްކަތުގެ ކޮންޓްރެކްޓް ނަގާ ފަރާތްތަކުން މުއްދަތަށް ކަންނިންމާ އެ މީހުނަށް ގެއްލުން ނުވާ ގޮތަށް މަސައްކަތްތައް އިންތިޒާމުކޮށްގެން ކުރުމަކީ ކޮންޓްރެކްޓަރގެ ކަމެކެވެ. އެ މީހުން މަސައްކަތް ކުރާނީ ޕީޕީއެމް ކައުންސިލަރ ބޭނުން ވާހާ ގޮތަކަށް ނޫނެވެ. ކޮންޓްރެކްޓަރގެ އެއްބަސްވުމާ އެއް ގޮތަށެވެ. އެވެނި ކަމެއް މިހެން ނުވެޔޭ މިވެނިކަމެއް އެހެން ނުވިޔޭ ކިޔައިގެން ފިތުނަ އުފަންދަނީ ސަރުކާރަށް ކަންކަން ނުވާކަން ދައްކަން ނޫން ހެއްޔެވެ. ތިޔައެއް މިހާރަކު ނުހިނގާނެއެވެ.

    ސަރުކާރުން ރަށްރަށުގައި ހިންގާ މަޝްރޫއުތައް ހިންގިޔަ ނުދޭން ޔާމީނުގެ އަޅު ކައުންސިލަރުން ލައްކަ ދުއްތުރާ ކުރެއެވެ. ފޭކް ފޮޓޯތައް ހަދައިގެން މީހުނަށް އޮޅުވާލެވޭތޯ އުޅެއެވެ. ގޮތެއް ފޮތެއްނެތް މިފާޑުގެ ކައުންސިލަރުން ކަންކަން ވިޔަ ނުދޭން ކުރެވެން އޮތްހާ ދުއްތުރާލަކާ ޖެއްސުމެއް ކުރަމުން ރަށޭ ރައްޔިތުންނޭ ކިޔައިގެން އަނގަ އެބަ ފުޅާ ކުރެއެވެ. ރަށްރަށުގެ ރައްޔިތުންގެ ލާބަޔަށް ސަރުކާރުން ކުރާ ކަންކަމަށް ހުރަސް އަޅާ ދަތިކުރާ ބަޔަކީ ޔާމީނުގެ އަޅު ކައުންސިލަރުންނެވެ. ޕީޕީއެމްގެ ހުރިހާ ކައުންސިލަރުން ތިބީކީ ރަށުގެ ތަރައްގީގެ ކަންކަމުގައި ޔާމީނު ބުނާހާ ގޮތެއް ހަދާ ރައްޔިތުންނަށް ދަތިކުރާ ވިސްނުމެއްގައެއް ނޫނެވެ. އެހެނެއްކަމަކު ޔަމީނުގެ އަޅު ކައުންސިލަރުންނާ ހެދި ރަށްރަށުގެ އެތައްކަމެއް ލަސްވެ ފަސްވަމުން ދާކަމީ ފެންނަން އޮތް ހަގީގަތެކެވެ.

    ރައްޔިތުންގެ ލުއި ފަސޭހައަށް ކުރެވޭ ކަންކަން ކުރުމަށް އެއްބާރުލުން ނުދޭ ޔާމީނުގެ އަޅު ކައުންސިލަރުން ރައްޔިތުންނޭ ކިޔާ އަނގަހުޅުވަން ލަދެއް ހަޔާތެއް ނެތެވެ. ޔާމީނުގެ އަޅު ކައުންސިލަރުން ކިތަންމެ ގަދަފައިވިއްދާ ކަންކަން ވިޔަނުދޭން އުޅުނަސް ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކެއް ނުހުއްޓުވޭނެއެވެ. ބަޔަކު ކަނުވެ ބީރުވެފާ ތިއްބަސް ތަރައްގީއާއި ރައްޔިތުންގެ ލުއި ފަސޭހައަށް ރައްރަށުގައި ސަރުކާރުން ހިންގާ ކަންކަން ރަށްރަށުގެ ރައްޔިތުން އުފަލުން ބަލައިގަނެއެވެ. ޒަމާނުއްސުރެ އިހުމާލުވެ އެކަހެރި ކޮށްލާފައި އޮތް ރަށްރަށަށް ލިބޭ ކުރިއެރުން ނުލިބޭ ކަމަކަށް ފަތުރާ ފިތުނަވެރި ވާހަކަ އަކުން ނުހެދޭނެއެވެ. ނިލަންދުއެއް އޭދަފުއްޓެއް ކުޅުދުއްފުއްޓެއް ކިޔާނެ ކަމެއް ނެތެވެ.

    ]]>
    Tue, 06 Dec 2022 13:13:31 +0500 ހީރަސް
    ޔާމީނަށް ދިން ދައުވަތަކަށް ވޯލްޑްކަޕް ބަލަން އިބޫ! https://heerasnews.com/774 https://heerasnews.com/774 އަނދެ ހުރި ފޮށާ ބޭލުނު އިރު ވެސް ލަދެއް ހަޔާތެއް ނެތިގެން ޔާމީނު އުޅުނީ ރައްޔިތުން ފާޑު ނުކިޔާތީ ހެއްޔެވެ. ވެރިކަމަށް  އައިސް  ދަރިންގެ  ކުލި  ނުދެއްކިގެން  ވައުދު  އުވާލާ  ފުލް  މުސާރަ  ނަގާ  މާލޭން  ބިންގަނެ  އެކައުންޓަށް  100  މިލިއަން  ވެއްދި  ގޮތެއް  ކިޔައި  ނުދީ  އެ ހުންނަނީ  ފާޑު  ނުކިޔާތީ ހެއްޔެވެ.

    އަމިއްލަ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ގޮތް ނޭނގޭ މިލިޔަން ޑޮލަރު ހަލާލެއް ހަރާމެއް ނުބަލާ ދިރުވާލައިގެން ހުރެ އޭސީސީ އާއިއެކު ހެދި އެސްކްރޯ އެކައުންޓަށް މުސާ ޒަމީރު އަތުން އެއް މިލިޔަން ޑޮލަރު ނަގައިގެން ޖަމާކުރީ މީހުން ފާޑު ނުކިޔާތީ ހެއްޔެވެ. 

    ހެއްދެވިހާ ކުނިފުޅަ ތިމާއާއި ދިމާލަށް ގޮވާ ވަގުބުޅަލަށް ގޮވާ އެއް ގޮތެއްގައި ނުހުރެވޭ މަރު ކޮހަކު ދިފާއީ ވަކީލަކަށް ލައިގެން ހެކި އުފައްދާ ވައްކަމުން ރެކެން އުޅޭ އިރު ފަހުން އެ މަރުކޮސް ނިކުމެ ގޮވާފާނެ އެއްޗަކާ މެދު ފިކުރެއް ނުހުންނާނީ ލައްކަ ލަދު ނުގަންނަތީތާއެވެ. ހަތުރެއް މިތުރެއް ނެނގޭހާ ގަމާރީ މީހުން އެއްޗެހި ނުކިޔާތީ ހެއްޔެވެ.

    އަނބިމީހާ، އުފަން ދުވަހު ހިލޭ ފިރިހެނަކު ދިން ޖަވާހިރާ އަލިމަސް ޖެހި ރަން އަނގޮޓި އަޅުވައިގެން އެމީހާ ދިން ކާރަށް ލައިގެން ދަތް ދިލުވައިގެން ހުރީ މީހުން ފާޑު ނުކިޔާތީ ހެއްޔެވެ. ސިންގަޕޫރަށް ބޮލުބޭހަށް ކުރިހާ ދަތުރަށް ފައިސާ ދެއްކީ ސީދިބޭ ތަރިކައިން ލިބުނު ބައު ފަހާފޮށި ގަނޑު ވިއްކައިގެން ލިބުނު ފައިސާއިން ހެއްޔެވެ. އަރިހުގާ ގެންދިޔަހާ ގަހުރަމާނުންނާ ހަށިފާރަ ވެރިންނާ ފަޓާނީންނަށް ހަރަދު ކުރީ މުރަނގަފަތް އަޅައިގެން ސީދިބޭ ހަލާލުކުރި ވެލާފޮޅި ވިއްކައިގެން ހެއްޔެވެ. 

    އަސަރު ކުރާނެއެވެ. ވެރިކަމުގައި ފަސް އަހަރު ހުރި އިރު ވޯލްޑް ކަޕެއް ބަލައިލަން ދައުވަތު ގަނޑެއްވެސް މީހަކު ދިނީއެއް ނޫން ވިއްޔާއެވެ. ދެރަވާނެއެވެ. ދެފައިތަޅާ ރޯންވެސް ރޮވޭނެއެވެ. އެހެން  މީހުންގެ  ލަދު  ހަޔާތް  ހުންނަކަން  އެނގޭނީ  ލަދާ  ހަޔާތުގެ  ކަންފުޅެއްވެސް  ހުރިނަމަތާއެވެ. 

    އަސްލުގައި ވެގެން މިއުޅެނީ އެހެން ގޮތެކެވެ. ޔާމީނު ވެރިކަމުގައި ހުރެ ގަތަރާ ސިޔާސީ ގުޅުން އޮތީ ކަނޑާލާފައެވެ. ގަތަރާ ރައްޖޭން ސިޔާސީ ގުޅުން ކަނޑާލުމަކީ ގަތަރު ފިސާރި ބޭނުން ވެގެން އުޅުނު ކަމެއް ވިއްޔާއެވެ. ގަތަރުގައި ވޯލްޑްކަޕް ބޭއްވޭ ފަހަރު ގުޅުން ކަނޑާލުމުގެ ހަދިޔާއެއްގެ ގޮތުން ވޯލްޑް ކަޕް ބަލައިލަންދާން ޔާމީނަށް ދައުވަތު ނުދީ އެއް ގަތަރަކަށް ނުވާނެތާއެވެ. އެހާ ބޭނުން ވެގެން ގަތަރުން ޔާމީނަށް ދިން ދައުވަތަކަށް އިބޫ އެއް ކަމަކު ގޮސްގެން ނުވާނެތާއެވެ.  

    ]]>
    Mon, 05 Dec 2022 20:40:47 +0500 ހީރަސް
    އަމްރާއެކު އެސްޓީއޯ: ދުޅަހެޔޮ ސިއްހަތުގެ މަދަދު ގަރާރު https://heerasnews.com/773 https://heerasnews.com/773 އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ ލީޑަރ ޝިޕްގެ ދަށުން ވޭތުވެދިޔަ ހަތަރު އަހަރު ހޯދާފައިވާ ކާމިޔާބިތައް ގުނާ އަދަދު ނުކުރެވޭހާ ގިނައެވެ. އެއްރޮގަށްވުރެ ގިނަ ރޮގު ރޮނގުން ދިވެހި ރައްޔިތުނަށް އެސްޓީއޯއިން ހިދުމަތްތައް ވަނީ ކޮށްދީފައެވެ. އެގޮތުން ކުރިއްސުރެ ދެވެމުންއަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ދަމަހައްޓަމުން އައީ އައުކަންކަންކޮށް އައުތަޖުރިބާތައް ހިއްސާ ކުރަމުންނެވެ. ދެމުންއައި ފައިދާހުރި އެއްވެސް ހިދުމަތެއް ހުއްޓާނުލާ ފެންވަރު މަތިކޮށް ފުޅާކޮށް ބޮޑުކުރަމުންނެވެ. ލުއިފަސޭހަ ފައިދާހުރި ގޮތްތަކަށް ކަންކަން ބައްޓަންކޮށް ތަރުތީބު ކުރެވިގެންނެވެ.

    ގާއިމުކޮށް ހިންގަމުންއައި ކަންކަމުގެ އިތުރަށް ދުޅަހެޔޮ ސިއްހަތައްޓަކައި އެސްޓީއޯއިން ގިނަގުނަ އެތައްކަމެއް އަމްރުގެ މޭސްތިރި ކަމުގެ ދަށުގައި ވޭތުވެ ދިޔަ ހަތަރު އަހަރު ހަމަހަމަ ކަމާއެކު ރައްޔިތުންނަށް އެސްޓީއޯ ވަނީ ފޯރުކޮށްދީފައެވެ. ކުރިއްސުރެ ކުރަމުން އައި ކަންކަމުގެ އިތުރަށް ހުސްވި ހަތަރު އަހަރު ސިއްހީ ދާއިރާގެ ކުރިއެރުމަށްޓަކައި އެސްޓީއޯއިން ވާސިލުވެފައިވާ ކުންނުތަކަށް ނަޒަރު ހިންގަލުމަކީ މުހިންމެވެ.

    • ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓިއޯ ފާމަސީ އެއް ހުޅުވާ މުޅިން އަލަށް ހިދުމަތް ދޭން ފެށިއެވެ.
    • އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ކޯސް ހެދުމުގެ ފުރުސަތު އާންމުންނަށް ފަހި ކޮށްދީފައިވެއެވެ.
    • ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ ގޮތުން ސެންޓްރަލް ސްޓެރައިލް ސާރވިސެސް ޑިޕާޓްމެންޓު ސެޓްއަޕެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްއަށް ފޯރުކޮށްދިނެވެ.

    • ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނަރއެއް އިންސްޓޯލްކޮށް ދީފައިވެއެވެ.
    • ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެމްއާރުއައި ޑައިގްނޯސްޓިކް އިކުއިޕްމެންޓު ހަދިޔާ ކުރިއެވެ.
    • ރާއްޖެއިން އާއްމުކޮށް ލިބެންނުހުންނަ ބޭސް ބޭނުންކުރާ ފަރާތްތަކުގެ ހާއްސާ ރިކުއެސްޓުތަކަށް ރާއްޖެއިން ބޭރުން ބޭސް ގެނެވޭނެ އިންތިޒާމް ކޮވިޑް 19 ގެ ތެރޭގައި ހަމަޖައްސާ ދިން ދިނުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.
    • އޮންލައިން ފޯމު މެދުވެރިކޮށް ބޭސް ސިޓީ ފޮނުވޭނެ ގޮތް ހަމަޖެހިގެން ދިޔުމަކީ އާއްމުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުޔެކެވެ.
    • 2020 ވަނަ އަހަރަކީ ކޮރޯނާ ޕެންޑަމިކްގެ އަސަރު މުޅި ދުނިޔެއަށް ކުރުވި ދަތި އުނދަގޫ އަހަރަކަށްވީ ނަމަވެސް ކޮވިޑްގެ ތެރޭގައިވެސް ބޭސް ފަރުވާގެ ކަންކަމުގައި ހުއްޓުމެއްނެތި ގިނަ ގުނަ މަސައްކަތްތަކެއް ކޮށް ކޮވިޑް19ގެ ވަބާއިން އަރާގަތުމުގައި އެސްޓީއޯ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
    • ކޮވިޑް ޕޭޝަންޓުންގެ އަދަދު އިތުރުވަމުން ދިޔުމާ ގުޅިގެން، ތާޖުއްދީން ސްކޫލުގައި 19 ބެޑްގެ ސެޓްއަޕް އެއް ކުރުމުއްދަތެއްގެ ތެރޭގައި ވަނީ ހަމަޖައްސާ ދީފައެވެ.
    • އެސްޓީއޯ މެޑިކަލްސް އިން ރީޖަނަލް ކޮވިޑް 19 ފެސިލިޓީ ތަކުގައި މެޑިކަލް އިކިއުޕްމަންޓު ހަރުކޮށްދީ، ކްރިޓިކަލް ކެއަރ ޕޭޝަންޓުންނަށް ފަރުވާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިއްބައިދިނެވެ.
    • އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެސްޓީއޯ ފާމަސީއެއް ހުޅުވާ ހިދުމަތްދޭން ފެށުމަކީ ވެސް ފާހަގަ ކޮށްލެވޭ ކަމެކެވެ.
    • މިނިސްޓްރީ އޮފް ހެލްތާއެކު ވެވުނު އެއްބަސްވުމުގެ ދަށުން 96 އެމްބިއުލަންސް ގެނެސް ރާއްޖޭގެ ރަށްރަށަށް ފޮނުވާ ދެވިފައިވަކަން ފަހުރުވެރި ކަމާއެކު ފަހަގަ ކުރަމެވެ.

    • ތެރަޕިއުޓިކް ސެކްޓަރއިން ދިވެހިން ތަމްރީންކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން 3 ދަރިވަރަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށް އެސްޓީއޯ އިން ސްޕޮންސަރ ދިފައިވެއެވެ.
    • އޭޕްރީލް 2021 ގައި މިނިސްޓްރީ އޮފް ހެލްތާއި ނޭޝަނަލް ޔުނިވަރސިޓީއާއި ޖީއީ ހެލްތުކެއަރ ގުޅިގެން އެސްޓީއޯއިންވަނީ ޑިޕްލޮމާ އިން ރޭޑިއޮލޮޖީ ކޯސް ހިންގުމަށް އެއްބަސްވެ އެ މަސައްކަތް ފެށުމަކީ ވެސް ބޮޑު ކާމިޔާބެކެވެ.
    • މެޑިކަލް ސެގްމަންޓް އާއި އެސްޓީއޯގެ ކްރެޑިބިލިޓީ އިތުރުކުރުމަށް މޮރިޝަސްގެ ކުންފުންޏަކަށް އިންޓަރނެޝަނަލް ޓްރޭޑެއް، މެޑިކަލް ސެގްމަންޓްގެ ތާރީހުގައި އަލަށް ހެދި ހެދުމަކީ ލިބިގެންދިޔަ މުހިއްމު ފުރުސަތެކެވެ.
    • އަލަށް ވިހާ ކުދިންނަށްދޭ ހަދިޔާ ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި ސިޓީ ހޮސްޕިޓަލްތަކުގައި ފެށުމަކީ ކުޑަ ކާމިޔާބެއް ނޫނެވެ.
    ]]>
    Mon, 05 Dec 2022 17:18:48 +0500 ހީރަސް
    ސްޓެލްކޯގައި ހުރަވީގެ 231 ދަރިވަރުން ކުރީކީއް! https://heerasnews.com/772 https://heerasnews.com/772

    ކިޔަވާ ކުދިން މަސައްކަތުގެ ވެއްޓަށް އަހުލުވެރި ކުރުމަކީ ސްޓެލްކޯއިން ހާއްސަ އިސްކަމެއް ދޭކަމެކެވެ. މަސައްކަތުގެ އަހުލާގު އަށަގެންފައިވާ މުޖުތަމައެއް ބިނާ ކުރުމަށް ކެނޑިނޭޅި ސްޓެެލްކޯއިން މަސައްކަތް ކުރެއެވެ. ސްޓެލްކޯއަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު މުއައްޒަފުން ވަޒީފާގައި ދެމިތިބޭ އެއް ކުންފުންޏެވެ. އަނެއްކޮޅުން ސްޓެލްކޯއަކީ މަސައްކަތް ކުރާވެށީގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމުގައި ނަމޫނާ އެއް ކުންފުންޏެވެ. 

    ސްޓެލްކޯ ފަދަ ރޭވުންތެރި ހިންގުންތެރި ކުންފުންޏެއްގެ މަސައްކަތް ހިނގާގޮތް ކިޔަވާ ކުދިންނަށް ފެނި ތަޖުރިބާ ކުރެވުމަކީ އެ ކުދިންގެ ސިނކުނޑިތައް ހުޅުވިގެން ދާނެ ކަމެކެވެ. މަސައްކަތުގެ ވައްޓަފާޅި އެނގިގެން ދާނެ ކަމެކެވެ.

    މަސައްކަތުގެ މާހައުލުގައި ރައްކާތެރި ކަމުގެ މުހިންމުކަން ކުދިންނަށް އިހުސާސް ކުރެވޭނެ ކަމެކެވެ. އަމިއްލަ ނަފްސާއި އެނޫން މީހުނާއި މާހައުލުގެ ސަލާމަތާ ރައްކާތެރިކަމަކީ އެންމެ ފުރަތަމަ ކަންތައްކަން ކޮންމެ ކުއްޖަކަށްވެސް ވަޒަން ކުރެވިގެން ދާނެކަމެކެވެ.

    އެންމެ ކުދިކުދި ކަންކަމުން ފެށިގެން އެންމެ ބޮޑެތި ކަންކަމާއި ހަމައަށް ސްޓެލްކޯ ފަދަ ކުންފުންޏެއް ހިނގާ ގޮތް ދަރިވަރުންނަށް އެނގި ފެނި ދިއުމަކީ ކުއްޖަކު ކިޔަވާ ނިމިގެން ދިރިއުޅުމުގެ މައިދާނަށް ނިކުތުމަށް ދިއްލާލެވޭ އަލި ގަދަ ބޮތްކެކެވެ. ސްކޫލު ވެއްޓާއި ގޭތެރެއާއި އާއްމު ތަންތާ ކުދިން އުޅޭ އިރު ކަރަންޓާ މެދު ރައްކާތެރި ވުމަށާއި ސަމާލުވެ ހަކަތަ އިސްރާފު ނުކުރުމަށް ހޭލުންތެރި ދަރިވަރުން ތަކެއް އުފެދުމަކީ ވަކީން ބޮޑު މަންފާއެކެވެ.

    ހުޅުމާލޭ ހުރަވީ ސުކޫލްގެ 231 ދަރިވަރަކު އާދީއްތަ ދުވަހު ޒިޔާރަތްކޮށް މައުލޫމާތު ހޯދި ހޯދުމަކީ އެކުދިންގެ މުސްތަގުބަލަށް ކުރިއަށް އެޅި ހެޔޮ ފިޔަވަޅެކެވެ. ހުރަވީ ދަރިވަރުން  ސްޓެލްކޯ ހެޑް އޮފީހަށް ކުރި ޒިޔާރަތުގައި އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ދާގޮތް ގާތުން ދެކެފިއެވެ. މާލޭ އިންޖީނުގެ ދެކިލުމަކީ އެ ކުދިން ކުރި އާދަޔާ ހިލާފު ތަޖުރިބާއެކެވެ.

    ސްޓެލްކޯ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ސްޓެލްކޯ ހިންގެވުމުގައި ވެސް ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވައެވެ. ސްޓެލްކޯއަކީ ހަމައެކަނި ކަރަންޓް ހިދުމަތްދޭ ކުންފުންޏެއްގެ ގޮތުގައި އޮތް އޮތުމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވުމުގައި އެ އުޅުއްވަނީ އަވަދި ނެތިއެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަމަހަމަ ސިޔާސަތު ތަންފީޒު ކުރެއްވުމުގައި ރެއެއް ދުވާލެއް ޝަރީފް ނުބައްލަވައެވެ.

    ]]>
    Mon, 05 Dec 2022 15:32:08 +0500 ހީރަސް
    ހެޔޮވެރިކަން: ބ.މާޅޮހުގެ ޝުކުރު ރައީސަށް https://heerasnews.com/771 https://heerasnews.com/771 ރައީސުލްޖުމްހުރިއްޔާ ވައުދުވެ ވަޑައިގެންނެވި ގޮތަށް ބ. މާޅޮހުގައި ފެނާ ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއު ފަށައިގެން މިހާރު ކުރިޔަށް އެބަދެއެވެ. ކުރީގެ ސަރުކާރުތަކުން ކުދި ރަށްތަކުގެ ތަރައްގީ ވަރަށް ބޮޑަށް ދޫކޮށްލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް މި ސަރުކާރުން ކުދި ރަށްތަކަށް ތަރައްގީ ގެނައުމަށް ގިނަގުނަ މަސައްކަތް ދަނީ ކުރެވެމުންނެވެ.
    މާޅޮހު ތަރައްގީއަށް ހިންގަމުންދާ މަޝްރޫއުތަކާއި މެދު ކައުންސިލާއި ރައްޔިތުންގެ ހިތްހަމަ ޖެހުން ވަރަށް ބޮޑެވެ. ބ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު އެކަން ފާހަގަކުރައްވާ އެ ރަށު ރައްޔިތުން ޝުކުރު އަދާކުރާކަން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވީ ހަގީގަތުގައި ވެސް ގިނަ ރައްޔިތުންގެ ރުހުމާ ލޯބި މިސަރުކާރަށް އޮތީތީއެވެ. ބ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާގެ ފައިންޕުޅުދެކި ރައްޔިތުންގެ އިހުސާސްތައް ހިއްސާކުރެއްވީ އެހެން ވެގެނެވެ. ރައްޔިތުން އެދޭ ކަންކަން ހައްލުކޮށްދެއްވުމުގައި ރައީސް ސާލިހު ވެސް ހުންނެވީ ފަސްޖެހި ވަޑައި ގަންނަވާ ގޮތަކަށް ނޫނެވެ.

    ބ. މާޅޮހު ރައްޔިތުންނަށް ބޭނުންވާކަންކަމުގެ ގޮތުގައި ފާހަގަކޮށްލެވޭ ބައެއް ކަންކަން:

    1. ބަނދަރުގެ ދަތިކަން ހައްލު ކުރުން
    2. ހިބަޅިދޫ މާޅޮހު ކައުންސިލްގެ އިހުތިސާސްގައި ހިމެނުން
    3. ރަށްގިރުމުގެ މައްސަލަ ހައްލުކުރުން
    4. ދޯނި ފަހަރު އެހެލުމަށް ބޭނުންވާ ސަރަޙައްދެއް ހެދުން
    5. ހުކުރު މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލު ކުރުން
    6. ދީނީ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުގެ އެހީތެރިކަން ދިނުން
    7. ކުޅިވަރު ކުޅޭނެ ވަސީލަތްތައް ބޭނުންވުން

    ރައީސް ސާލިހުގެ އިޖާބަ

    • ކައުންސިލާއި އ.ތ.މ. ކޮމިޓީއިން ފާހަގަ ކުރެއްވި ކަންކަން ސަރުކާރުގެ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވުން
    • ރަށްރަށަށް ތަރައްގީ ގެނައުމުގައި ކައުންސިލްތަކާއެކީ މަޝްވަރާކުރައްވައިގެން ރައްޔިތުން އެންމެ އެދޭގޮތަށް ކަންކަން ކުރިޔަށްގެންދެވޭތޯ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވުން.
    ]]>
    Mon, 05 Dec 2022 13:28:02 +0500 ހީރަސް
    އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދަ މައުންޓް ސެމެރޫ ގޮވައިފި https://heerasnews.com/770 https://heerasnews.com/770 އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއާއި 640 ކިލޯ މީޓަރު ދުރުގައި އޮންނަ އިރުމަތީ ޖާވާ ކަރައިގެ ލުމަޖަންގ ގައި ހުންނަ އަލިފާން ފަރުބަދަ މިއަދުގެ ވަގުތެއްގައި ގޮވައިފިއެވެ. މިފަރުބަދައިން ބޯ ދުމާއި ގޭސް ބޭރުވަމުން ދާކަމަށް ހަބަރު ލިބެއެވެ. މި އަލިފާން ފަރުބަދަ ހުންނަނީ ވަރަށް މީހުން ގިނައިން ދިރިއުޅޭ ސަރަހައްދެއްގައެވެ.

    އިންޑޮނޭޝިޔާގެ ޑިޒާސްޓަރ މިޓީގޭޝަން އެޖެންސީވަނީ އަލިފާން ފަރުބަދައިގެ ކައިރި ހިސާބުތަކުން މީހުން ހުސް ކުރުމުގެ މަސައްކަތް ފަށާފައެވެ. އަލިފާން ފަރުބަދަ ސެމެރޫ އާއި ވީހާވެސް ދުރައް ދިޔުމަށާއި 8 ކިލޯ މީޓަރގެ ތެރޭގައި އެއްވެސް ކަމެއް ނުކުރުމަށާއި ކޯރު ސަރަހައްދު ތަކާ ދުރެވެގެން ތިބުމަށް ވެސް ވަނީ އިންޒާރު ދީފައެވެ. ސަބަބަކީ އަލިފާން ފަރުބަދައިގެ ލާވާގެ ކޯރުތައް އެ ހިސާބުތަކަށް ފޯރާނެތީއެވެ. މިއަދު ހެދުނުން ފެށިގެން ބޮޑެތި މައިމަގުތައް ވަނީ ބަންދު ކުރެވިފައެވެ. އެތައް ސަތޭކަ ބަޔަކަށް ވަނީ ވަގުތީ ބޯ ހިޔާވަހިކަން ފޯރުކޮއްދީފައެވެ.

    މައުންޓް ސެމެރޫ އަކީ އިންޑޮނޭޝިޔާގައި ހުރި އެންމެ އުސް ފަރުބަދައެވެ. ފަރުބަދަ ގޮވަން ފަށާފައި ވަނީ ރޭގެ މެންދަމު 2.46 ހާއިރެވެ. ސޯސަލް މީޑިޔާގައި މީހަކު ހިއްސާކުރި ވީޑިއޯ ކޮޅެއްގައި ފަރުބަދަ ގޮވުމުން އަރައިގެންދާ ގޭހާ ދުމުން ކަޅުވިލާގަޑެއްހެން މުޅި ޖައްވު އަދިރިވެ ކަޅުވެފައިވާތަން ފެނެއެވެ.

    ބީއެންޕީބީގެ ސްޕޯކްސް ޕާސަން އަބުދުލް މުހައިރީ ވިދާޅުވީ މައުންޓް ސެމެރޫ ގެ އެއްމެ އުސްދިމާ 3676 މީޓަރު މަތީގާ ކުރިބޯއްޓެއްހެން އިންނަ ލާވާ ގަނޑަށް މޫސިމީ ވިއްސާރައިގެ ސަބަބުން ގިނަ އަދަދަކަށް ފެން އެޅިގެން ކުރިބޯށި ވެއްޓުމުން ފަރުބަދަ ގޮވަން ދިމާވަނީ ކަމަށެވެ.

    މައުންޓް ސެމެރޫ ގޮވުމުގެ ސަބަބުން ޖަޕާނަށް ބިންހެލުން އައިކަމަށް ރިކޯޑު ކުރެވިފައި ވެއެވެ. އަދި ސުނާމީ ވޯނިންގ ވެސް ޖަޕާނުން ނެރުނެވެ. ފަހުން ވަނީ ސުނާމީ ވޯނިންގ އުވާލާފައެވެ. މިދިޔަ އަހަރު ވެސް މި ފަރުބަދަ ކުއްލިއަކަށް ގޮވުމުގެ ސަބަބުން 51 މީހަކު މަރުވެ 100އަށް ވުރެ ގިނަ މީހުންނަށް ހާނީއްކަ ވިއެވެ.

    ދުނިޔޭގައިވާ 142 އަލިފާން ފަރުބަދައިގެ ތެރޭގައި އިންޑޮނޭޝިޔާއަކީ ދުނިޔޭގައި އަލިފާން ފަރުބަދައިގެ ކައިރީގައި ދިރިއުޅޭ މީހުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އަލިފާން ފަރުބަދައިގެ 10ކިލޯ މީޓަރ ރޭޑިއެސްގައި 8.6 މިލިއަން މީހުން އިންޑޮނޭޝިޔާގައި ދިރިއުޅެވެ. އިންޑޮނޭޝިޔާގެ ރަށްތަކުގެ ބައްރުގައި 270 މިލިއަން މީހުން "ރިންގ އޮފް ފަޔަރ" ލައިންގައި ދިރިއުޅެމުން ދެއެވެ.

     

    ]]>
    Sun, 04 Dec 2022 21:57:26 +0500 ހީރަސް
    ހަސަދަ ވެރިންނަކަށް ޓީމު ފެނަކަ ރޫޅައެއް ނުލެވޭނެ https://heerasnews.com/769 https://heerasnews.com/769 އަޖައިބުވެ އަންތަރީސް ވާހާވެއެވެ. ހެޔޮ އެއްގޮތެއް ނޯވެއެވެ. ޔާމީނުގެ މަސްލަހަތު ނަގަހައްޓަން އިދިކޮޅުން ކިޔާފައި ނުކިޔާނެ އެއްޗެއް ނޯވެއެވެ. އެއްކޮޅުން ކަރުންނާރު ނަގާފައި ދައްކަނީ ހަރަދު ބޮޑު ވާހަކައެވެ. ހަރަދު ކުޑަ ކުރަން ފިޔަވަޅު ނާޅާ ވާހަކައެވެ. ރަނގަޅަށް ރޭވިގެން ހަރަދު ކުޑަކުރަން ފިޔަވަޅެއް އެޅިޔަސް ހީވާނީ އުޑު ބޮލަށް ވެއްޓެން އުޅޭހެންނެވެ. ދެކޮޅު ނުޖެހިގެން އެވެނިކަމެއް މިވެނިހެން ކޮށްފިއޭ ކިޔައިގެން ނުކިޔާ އެއްޗެއް ނޯވެއެވެ.

    ފެނަކައިގެ އިދާރީ މުއައްޒަފުން އޮފީހުގެ މަސައްކަތްތައް ހެދުނު 8.00 އިން މެންދުރު ފަހު 3.00 އަށް ކޮށް ނިންމުމަށް އެންގުމަކީ ބޮޑު ވިހަޔަކަށް ހަދާލަން ހާދަ އުންކަރެއް އެބަދެއެވެ. މުއައްޒަފުންނަށް އިތުރުގަޑީ ފައިސާ ނުދޭން ނިންމި ނިންމުމަކަށް ސިފަކޮށް ފެނަކައިގެ މެނޭޖުމަންޓާ މުއައްޒަފުން ޖެއްސުމަށް އެތިބީ ފޫގަޅާފައެވެ.

    ހަގީގަތެއް ނެތް ހިސާބު އަދަދު ތަކަކަށް ރިއާޔަތް ކުރަމުން ރައްޔިތުންގެ ކަން ބޮޑުވުން އިތުރުކޮށް ފަސާދަ ކުރުންނޫން ކަމެއް ޔާމީނު އައުވާނުންނަކަށް ކުރާކަށް ނޭގެއެވެ. ފިތުނަ އުފައްދައިގެން ފެނަކައިގެ އިސްވެރިންނާއި މުއައްޒަފުން ޖެއްސޭނެ ކަމަށް ހީކޮށް ޔާމީނުގެ އައުވާނުން ތިޔަ ޖަހާ ސަކަރާތް ނުދައްނަ މީހަކު ނެތެވެ.

    ކޮންމެ އަހަރެއްގެ އެންމެ ފަހު މަހަކީ ހުރިހާ ޒަމާނެއްގައި ވެސް ހަރަދުތައް ކުޑަކޮށް އެ އަހަރަކަށް ކަނޑައެޅިފައި އޮންނަ ބަޖެޓަށް ހަރަދުތައް ފައްތަން ހުރިހާ މުއައްސަސާ އަކުން ވެސް ތަފާތު ފިޔަވަޅުތައް އަޅާ މަހެކެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އެ ތަންތާ ވަޒީފާ އަދާކުރާ މުއައްޒަފުންނަށެވެ. މުއައްޒަފުންނަށް ލިބޭ އިނާޔަތަކަށް ކުޑަވެސް އަސަރެއް ކުރާޒާތުގެ ފިޔަވަޅެއް އެއްވެސް މެޏޭޖުމަންޓަކުން އަޅާނީ މުއައްޒަފުންގެ އެއްބާރުލުން ހޯދައިގެންނެވެ.

    ފެނަކައަކީ އެކަށީގެންވާ ވަރަށް ގާބިލު މުއައްޒަފުން ތިބި ކުންފުންޏެކެވެ. ވަގުތު އިސްރާފުނުކޮށް މަސައްކަތްތައް ގަޑިން ގަޑިއަށް ނިންމޭވަރުގެ ގާބިލުކަން ފެނަކައިގައި އެބަހުއްޓެވެ. ފެނަކަގެ އިދާރީ ހިންގުމަށް ގަނެވޭ އިސްލާހި ބަދަލަކުން މުއައްޒަފުންނަށް ލިބޭ ބެނެފިޓަށް ނުރަނގަޅު އަސަރެއް ކުރާވަރުގެ ކުއްލި ބަދަލެއް ފެނަކަ މެނޭޖުމަންޓަކުން ނުގެންނާނެއެވެ.

    އުސޫލާ ހިލާފަށް އެހުމުން ވައްކަން ކޮށްގެންނާއި ހިސާބު ކިތާބު ވަގަށް ނަގައިގެން ފެނަކައިގެ އިމޭޖު ބަދަލު ކުރަން ޔާމީނުގެ އައުވާނުން އުޅެނީ ކީއްވެގެން ކަން ދިވެހި ރައްޔިތުންނަކަށް ނުއޮޅޭނެއެވެ. ފަތުއަޑު ކިޔާފައި ރަށްރަށަށް ފެނަކައިން ގެންނަމުންދާ ހެޔޮ ބަދަލުތައް ފެނި ހަސަދަވެރި ވިޔަސް ފެނަކައިގެ މަސައްކަތްތަކަށް ހިޔަނިވެސް އަޅުވާ ނުލެވޭނެއެވެ. ރައްޔިތުން ފެނަކައަށް ކުރާ އިތުބާރަށް ލޮޅުމެއް އަރުވައެއް ނުލެވޭނެއެވެ. ފެނަކަ ޓީމަށް ވަގަށް ގޮވަމުން ހީވާގި މުރާލި ފެނަކަ ޓީމުގެ ބަދަހިކަމުގައި ރެނދެއް ވެސް ނޭޅުވޭނެއެވެ.   

    ]]>
    Sun, 04 Dec 2022 18:11:56 +0500 ހީރަސް
    ޔާމީނުގެ ވަގުބުޅާ ސީރީސް & އާރަށް އެޕިސޯޑް https://heerasnews.com/766 https://heerasnews.com/766 ކުރީގެ ރައީސް ޔާމީނު ފުރޭމްކޮށްގެން ހައްޔަރު ކުރަން އުޅޭ ކަމަށް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުން ބުނުމަކުން ހައިރާނެއް ނުވެއެވެ. ޒަާތީ ބޭނުމެއްގައި ވެސް ފުރޭމްކޮށްގެން ހައްޔަރު ކުރަން ޖެހޭނީ ކުށެއް ނުކުރާ މައުސޫމެއް ނަމަތާއެވެ. ކުރީގެ ރައީސް ޔާމީނަކީ ފުރޭމް ކޮށްގެން ހައްޔަރު ކުރަން ޖެހޭ ވަރަށް ވުރެ ބޮޑު މުޖރިމެކެވެ. ޔާމީނު ހައްޔަރު ކުރަން އޯޑިއޯ އާއި ވީޑިއޯ ހަދައިގެން ހެކި އުފެއްދުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ހެކި އުފައްދައިގެން ހެކިދޭ ވަރަށް ވުރެ ޔާމީނާ ދެކޮޅަށް ހުރި ހެކި މާގިނައެވެ.  ކުރީގެ ރައީސް ޔާމީނަކީ ބޮޑު މުޖުރިމެއް ކަމަށް ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް އެތައް ހެއްކެއްވަނީ ދެއްވާފައެވެ. ޖަމީލުގެ ހެކިބަސް ތަކަކީ ފެންނަން އޮތް ހަގީގަތެވެ.

    ޑރ. ޖަމީލް އޮތީ ޔާމީނަކީ ވަގު ބުޅަލެއް ކަމަށް ވެސް ވިދާޅުވެފައެވެ. ކުރީގެ ރައީސް ޔާމީނަކީ މުޖުރިމެއް ކަން ގަބޫލު ކުރުވަން ޖަމީލު ދެއްކެވި ވާހަކަ ތަކުގެ ތެރޭގައި ރައީސް ޔާމީނަކީ އެއްވެސް ވަރަކަށް ޝުކުރުވެރިވުން ނެތް ބޭފުޅެއް ކަމަށާއި ތާއީދެއް ވެސް ނެތް ރައީސެއް ކަމަށް ސިފަ ކުރައްވާފައި ވެއެވެ. އަނެއް ކޮޅުން މުޅި މުޖުތަމައުގެ އަހުލާގު ގަޑުބަޑު ކުރެއްވި ބޭފުޅަކީ ޔާމީނު ކަމަށް ޖަމީލު ވިދާޅުވިއެވެ. ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރާ " ބޮޑު ވަގެއް" ކަމަށް ވެސް ވިދާޅުވީ ޖަމީލެވެ.

    އަފިހުން ދީގެން ޒުވާނުން ހަމަޖައްސަން ޖެހޭ ވާހަކައާއި، ހަށިވިއްކާ އަންހެނުން ގެންގުޅެން ޖެހޭ ވާހަކައާއި، މާތް ﷲ އަށް ނިސްބަތްކޮށް ޔާމީނު ކުފުރުގެ ވާހަކަފުޅުތައް ދައްކަވާ ކަމަށް ވިދާޅުވީ ވެސް ޖަމީލެވެ.  މަގާމާއި ދުސްތޫރީ ޒިންމާއަށް ބެލުމެއް ނެތި މާލެއިން ޔާމީނު ތަންތަން ބައްލަވައި ގަންނަމުން ދިޔަ ކަމަށް ވިދާޅުވީ ވެސް ޖަމީލެވެ.

    ޖަމީލު ވިދާޅުވެފައި ވަނީ ކުރީގެ ރައީސް ޔާމީނަކީ ދައުލަތް ހަނާކޮށްލުމަށް ފޫގަޅައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުއްސުރެ އެއްވެސް އިހުލާސްތެރި ކަމެއް ނެތް މަކަރުވެރިއެއްގެ ގޮތުގައި ޑރ. ޖަމީލް ވަނީ ރައީސް ޔާމީން ސިފަ ކުރައްވާފައެވެ.

    ކުރީގެ ރައީސް ޔާމީނުގެ އަނބިކަނބަލުން ސަރުކާރުގެ ވުޒާރާ ތަކާއި، ސަރުކާރުގެ ކުންފުނި ތަކާއި، ސަރުކާރުގެ ވިޔަފާރި ތަކަށް އަތް ބާނުއްވައި، މުޅި ނިޒާމު ތަގައްޔަރު ކުރެއްވި ކަމަށް ވިދާޅުވީ ވެސް ޖަމީލެވެ.

    ކުރީގެ ރައީސް ޔާމީނަކީ ފިނޑި ބޭފުޅެއް ގޮތުގައި ސިފަ ކުރައްވަމުން ޖަމީލު ވިދާޅުވެފައި ވަނީ ޔާމީނަކީ ފެން ނެތް ބޮޑެތި ކާށި ބިންނަ ބޭފުޅެއް ކަމަށެވެ. އެންމެ ފަހުން ރައީސް ޔާމީނަކީ ވަލު ދޮރާށިން ވަދެވަޑައިގެން، ވަގު ބުޅާ މަސްގަނޑު ޖަހައިގަންނަ އުސޫލުން ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށް ޖަމީލު އޮތީ ވިދާޅުވެފައެވެ.

    ޔާމީނަކީ އަޑުގަދަ މީހާގެ ރުށް ގިނަވާނެ އޭ ބުނާ ބަހަށް އަމަލު ކުރައްވާ އަންޒަމާނު ކަރައިގެ ބޭފުޅެއް ކަމަށާއި "އަންދާ ގާނޫނު" ގައިވާ ގޮތް ނޫން ގޮތަކަށް ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުވީ ވެސް ޑރ. ޖަމީލެވެ.

    ޑރ. ޖަމީލު ކަހަލަ ފާސިގު ވަކީލުން ދިފާއީ ވަކީލުން ގޮތުގައި ލައިގެން ދިފާއު ވާން އުޅޭ މީހަކީ ވެސް މޮޔައެކެވެ. ވަކީލުންގެ ކަރާމަތާއި އިތުބާރު މީހުންގެ ކުރިމަތީގައި ގެއްލި ވަކީލުންނަކީ މުޖުރިމުންގެ ގޮތުގައި ސިފަ ވަނީ ޖަމީލުމެން ކަހަލަ މުނާފިގުންގެ ސަބަބުންނެވެ. ދެން އެންމެ ރަނގަޅެވެ. ޖަމީލު ސްކްރީންޕްލޭ ލިޔެ ޑައިރެކްޓް ކުރާ " ޔާމީނުގެ ވަގުބުޅާ ސީރީސް - ވޮޑުމުލާ އެޕިސޯޑް" ނިމުނީ ބަތް ޕާރުސަލުންނެވެ. "ޔާމީނުގެ ވަގުބުޅާ ސީރީސް - އާރަށް އެޕިސޯޑް" ނިމޭ ގޮތް ބަލަން ތިބެމާ ހިނގާށެވެ  

    ]]>
    Sun, 04 Dec 2022 15:16:00 +0500 ހީރަސް
    ސްޓެލްކޯ ރަށްރަށުގެ ރައްޔިތުން ގޮވައިގެން ފަހި ވެއްޓަކަށް https://heerasnews.com/765 https://heerasnews.com/765 އަސާސީ ހިދުމަތްދޭ ސަރުކާރުގެ ކުންފުނިތަކުން އެބައެއްގެ އިހުތިސާސްގައި ހިމެނޭ ރަށްރަށުގައި ކުރަނީ އެއްކަމެއް ދެކަމެއް ނޫނެވެ. ކަރަންޓް ދިނުމުގެ ހިދުމަތް ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ފޯރުކޮށް ދެނީ ރައްކާތެރިކަމާއި އެކުގައެވެ. ރައްޔިތު މީހާގެ ޖީބަށް ވީހާވެސް ލުއިވާނެ ގޮތަކަށެވެ. އިގުތިސާދީ ހަރަކާތްތައް ހިންގުމަށް ބޭނުން އެންމެ ފުޅާ މިންވަރަކަށެވެ. ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ދަތިކަމެއް ނެތި ފޯރު ކޮށްދެވޭ ވަރުގެ ގާބިލުކަން ކޮންމެ ރަށެއްގައި ގާއިމު ކޮށްދީގެންނެވެ. 

    ސާފު ބޯފެނުގެ ރައްކާތެރި ފެނުގެ ވިއުގަ އަކީ ކުރިން އިހުމާލުކޮށް ލަފައި އޮތްކަމެކެވެ. އެހެނަސް ސާފު ބޯފެނާއެކު ރައްކާތެރި ފެނުގެ ނިޒާމު ގާއިމު ކުރުމުގައި ލަސްކުރުމެއް ފަސްކުރުމެއް މިހާރަކު ނެތެވެ. ނަރުދަމާގެ ހިދުމަތް ވެސް ފޯރުކޮށް ދެނީ ރަށްރަށުގެ ރައްޔިތުން އުފާވާ ގޮތަށެވެ. އެންމެ ޒަމާނީ ފެންވަރުގައި ދެމެހެއްޓެނިވި ކޮށެވެ. މި ވަރަކުން ވެސް ފުއްދާލަނީއެއް ނޫނެވެ. ރަށްރަށުގެ ރައްޔިތުންގެ އެހެން ކަން ބޮޑުވުންތައް ދެނެގަނެ ރަށުގެ ތަރައްގީއަށް ކޮއްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބަލާ އެކަންކަމުގެ ތެރެއިން ކުރެވެން ހުންނަ ކަންކަން ކޮއްދެވެން އޮތް ގޮތަކަށް ކުރުމަކީ އެ ކުންފުނި ތަކުގެ އަމާޒަކަށްވަނީ ހަދާފައެވެ. އިޖުތިމާއީ ޒިންމާއެއްގެ ގޮތުގައެވެ.

    އިޖުތިމާއީ ޒިންމާ އަދާ ކުރުމުގައި ސްޓެލްކޯއަކީ ދެވަނައެއް ނެތް ފަދަ އިތުބާރު ހުރި ކުންފުންޏެކެވެ. ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ކޮންމެ ރަށަކީ ސްޓެލްކޯގެ ބައެއް ކަމަށް ސްޓެލްކޯއިން ދެކެއެވެ. އެ ރަށްރަށުގެ ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ގޮން ޖެހުމަކީ ސްޓެލްކޯއަށް ވެސް ކުރިމަތިވާ ގޮން ޖެހުމެއް ކަމަށް ސްޓެލްކޯ ގަބޫލު ކުރެއެވެ. އެކަމެއް ހައްލު ކުރުމަށް ވެވއން އޮތް ހުރިހާ ކަމެއް ކުރުމުގައި ފަރުވާ ކުޑަކުރުމެއް ނެތެވެ.

    ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަމަހަމަ ސިޔާސަތު ތަންފީޒު ކުރުމުގައި ތަފާތު ކުރުމަކީ ސްޓެލްކޯ ދަންނަ ކަމެއް ނޫނެވެ. މާލޭގައި ހުންނަ މައި އޮފީހުގެ ފިނި ކޮޓަރި ދޫކޮށް ސްޓެލްކޯގެ އިސްވެރިން ރަށްރަށަށް ވަޑައިގެން ރަށްރަށުގެ ހާލަތު ގާތުން ބައްލަވަނީ އެހެން ވެގެނެވެ. ހިވާގި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް އެހުންނަވަނީ އެކަމުގައި އަތުކުރި އޮޅުއްވައިގެން ކުރިއަށް ނިކުމެ ވަޑައިގެންނެވެ. 

    އދ. އަތޮޅުގެ ބައެއް ރަށްރަށަށް ސްޓެލްކޯގެ ބޯޑް މެންބަރުންނާއި އެހެން އިސްވެރިންނާއެކު މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ދަތުރެއް ކުރެއްވީ ވެސް އެ ރަށްރަށުގެ ހާލަތު ކައިރިން ދެކެވަޑައި ގަތުމަށެވެ. ދިއްދުއާއި ފެންފުއްޓާއި ދަނގެއްޗާއި ދިގުރަށަށް އެ ވަޑައިގަތީ މި ދެންނެވި ސިލްސިލާގެ ތެރެއިންނެވެ. ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާ ބައްދަލު ކުރައްވާ ފޭރާން ހެޔޮ މަޝްވަރާތަކެއް ކުރެވުނީ ހެޔޮވެރި ކަމެއްގެ ހެޔޮ މަންފާ އެރަށްރަށުގެ ރައްޔިތުންނަށް ހޯއްދަވާ ދެއްވުމަށެވެ. 

    ]]>
    Sat, 03 Dec 2022 23:48:15 +0500 ހީރަސް
    އެމެރިކާއަށް އެންމެ ފަހުގެ ބޮންއަޅާ ބޯޓު ގަންނަނީ https://heerasnews.com/764 https://heerasnews.com/764 އެމެރިކާގެ އެއަރފޯސްއަށް ސްޓެލްތް ރައިޑާ ބީ-21 ގެ 100 ބޮންއަޅާ މަތިންދާ ބޯޓު ގަތުމަށް ނިންމައިފިއެވެ. މީގެ ކޮންމެ ބޯޓެއްގެ އަގަކީ 700 މިލިއަން ޑޮލަރެވެ. ނެސްޓް ޖެނެރޭޝަންގެ މިބޯޓުތަކަކީ ނިއުކުލިއަރ ހަތިޔާރު އުފުލޭ އަދި ޕައިލެޓުން ނެތި ދުއްވޭގޮތަށް ފަރުމާކޮއްފައިވާ ހައިޓެކް މަތިންދާ ބޯޓުތަކެކެވެ.

    ސްޓެލްތް ބޮމަރ އުފައްދަނީ ހަތިޔާރު އުފެއްދުމަށް މަސްހޫރު އެމެރިކާގެ ކެލިފޯނިއާގެ ކުންފުންޏެއްކަމަށްވާ ނޯތްރޮޕް ގްރަމަން ކޯޕަރޭޝަނުންނެވެ.

    ނޯތްރޮޕް ގްރަމަން ކުންފުންޏަކީ އެމެރިކާގެ އަސްކަރިއްޔާއަށް އެއުރޯސްޕޭސް އަދި ޑިފެންސް ޓެކްނޮލޮޖީ ފޯރުކޮށްދޭ އަދި ނުރައްކާތެރި ފަހުގެ ހަތިޔާރު އުފައްދާ ކުންފުންޏެކެވެ. ކުންފުނީގައި 90 ހާސް މުއައްޒަފުން މަސައްކަތް ކުރަމުން ގެންދެއެވެ. ކުއްފުނީގެ ފައިދާ އަހަރަކު 30 ބިލިއަން ޑޮލަރަށް އަރައެވެ.

    މިދިޔަ ހުކުރު ދުވަހު ކެލިފޯނިޔާގައި އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވި ހަފްލާއެއް ބީ 21 އެއަރ ކްރާފްޓްގެ 100 ބޯޓް ގަތުމުގެ ހަފްލާގައި އެކަން އިއުލާނު ކުރުން ބޭއްވިއެވެ. މިކަން ނޯތްރޮޕްގެ ސްޕޯކްސްޕާސަން ވަނީ ކަށަވަރު ކޮއްދީފައެވެ.

    އެމެރިކާގެ އަސްކަރިއްޔާއިން ބީ 21 މަރުކާގެ ބޮންއަޅާ ބޯޓުތައް ގަތުމަށް ނިންމި ނިންމުމާއި ގުޅިގެން ނޫސްތަކުން ސްވާލުތައް އަންނަނީ އުފައްދަމުންނެވެ. ރަޝިޔާއިން ޔޫކުރޭނަށް އަރާ ޔޫކުރޭނުގެ ބައެއް ހިފާ ހަގުރާމަ ކުރަމުންދާ ތާ 9 ވަރަކަށް މަސްވީ އިރު މިހަގުރާމައިގައި ޔޫކްރޭންނަށް ހަތިޔާރާ ފައިސާގެ ގޮތުން އެހީތެރިވާ އެންމެ ބޮޑު ގައުމަކީ އެމެރިކާއެވެ. މިކަމުގެ ސަބަބުން ރަޝިޔާއާއި ގުޅުން ގޯސްވެ ދެންމެ ދެންމެ ނިއުކުލިއަރ ހަގުރާމައެއް ފެށި ދާނެކަމުގެ ބިރުވެރިކަމާ ދުނިޔެ ވަނީ ކުރިމަތިލާން ޖެހިފައެވެ. ހަމަ މިގޮތައް ޓައިވާނުގެ މައްސަލާގައި ޗައިނާއާއި އެމެރިކާގެ ނުތަނަވަސްކަން ބޮޑުވެ ހަގުރާމައެއް ފަށާފާނެ ހާލަތަކަށް ކަންކަން ވަނީ ގޮސްފައެވެ.

    މިދިޔަ ބުދަ ދުވަހު ހުޅަނގު ޕެސިފިކް ކަނޑުމަތީގައި ޗައިނާއާއި ރަޝިޔާ ގުޅިގެން 8 ގަޑީއިރުގެ އަސްކަރީ ވައިގެ އުޅަދުތައް ބޭނުން ކުރާ އަސްކަރީ ފަރިތަ ކުރުން ތަކެއް ކުރިއަށް ގެންދިއެވެ. ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ އަސްކަރީ ހަރަކާތަކީ ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރުގަދަކޮށް އަމިއްލަ ސަލާމަތައް ދެ ގައުމުން އެކުގާ މަސައްކަތް ކުރުމަށް ބޭއްވި ހަރަކާތެއް ކަމަށެވެ.

    މޮސްކޯ އަދި ބޭޖިންގ ގުޅިގެން ސްޓެލްތް ބޮން އަޅާ ބޯޓެއް ދަނީ އުފައްދާން މަސައްކަތް ކުރަމުންނެއެވެ. ޗައިނާ މަތިންދާ ބޯޓް ޒިއާން އެޗް 20 އަދި ރަޝިޔާގެ ޓުޕޯލެވް ޕީއޭކޭ އުފައްދާ ނިމޭއިރު ސްޓެލްތް ބީ 21 މަރުކާގެ ބޯޓަކާ ތަފާތެއް ނުވާނެކަމަށް ހަބަރުތައް ބުނެއެވެ.

    ]]>
    Sat, 03 Dec 2022 20:29:27 +0500 ހީރަސް
    ބަތްޕާރުސަލުގެ ދިފާއުގައި އިދިކޮޅުން ބަބުރަށް އެރުން. https://heerasnews.com/763 https://heerasnews.com/763 ގުރްއާނާ ބެހޭ މަރުކަޒުގެ ބޮޑަކަށް އުޅުއްވި އަޒީބެއަކީ ޔާމީނާ ކިތަންމެ އަރިސް ބޭފުޅަކަށް ވިޔަސް އެއީ ބަޔަކާ ބެހޭ ކަމެއް ނޫނެވެ. 

    ޔާމީން މިނިވަން ކުރި ސުޕްރީމް ކޯޓްގެ ބެންޗްގެ އިސް ފަނޑިޔާރަކަށް އަޒީބެގެ ދަނބި ދަރިޔަކު އިނުމަކީ މުޅިން އެހެން އިއްތިފާގެކެވެ. ޔާމީން މިނިވަން ވެފައި އެހުރީ އެންމެ ފަނޑިޔާރެއްގެ ރައުޔަކުން ވެސް ނޫނެވެ. 

    ހައްޖު ގްރޫޕާއި ރެސްޓޯރެންޓް ހިންގާ ބަފައެއްގެ ދަނބި ކޮޔަށް ބަތްޕާރުސަލެއް ދިއްކޮށްލިއްޔާ އެއީ އެވަރުގެ ކަމެއް ހެއްޔެވެ؟

    ރަށު މަދަރުސާ މުދައްރިސަކަށް ހުއްޓާ އެންދެރިމާގޭ ބޭފުޅުންނަށް ރުގުޔާ ހަދާދީގެން މަތީ މަގާމެއް މައުމޫނު ދެއްވިޔަސް އެއީ ގޯހެއް ނޫންތާއެވެ. އެންދެރިމާގޭ ބޭފުޅުން ކުރިމަތީ މާބޮޑަށް މަގުބޫލުވެ ޒައީގްރޫޕުން ހައްޖަށް މީހުން ގެންދަން އުޅެފައި ޒަމްޒަމް ގްރޫޕު ހެއްޖަކަސް އެއީ އެވަރުކަމެއް ނޫންތާއެވެ. މައުމޫނުގެ ކަންވެރިކަމުގެ ތެރެއިން ޔާމީނަށް ތައާރަފުވެ ޔާމީނަށް ވެރިކަމަށް އާދެވުމުގައި އަޒީބެގެ ރުގުޔާއިން އަސަރެއް ކުރުމާ ނުކުރުން އެއީ މުޅިން އެހެން ކަމެއްތާއެވެ. ރަނގަޅު ހަދިޔާއަކަށް އެމްއެމްޕީއާރުސީގެ ބޮޑު ވައްކަމުން އަޒީބެއަށް ކަންފުޅެއް ވެފައި އޮތް ކަމެއް އެނގެނީއެއް ވެސް ނޫނެވެ. އަޒީބެއަށް ހުރިހާ މޮޅެއް ލިބުނީ ޔާމީންގެ ވެރިކަމުގައި ކަމަށް ވިޔަސް އެއީ ބަޔަކު ތުންފިތެން ޖެހޭ ކަމެއް ނޫނެވެ.

    އަޒީބެއާ ޔާމީނު ނުލާހިކު ގާތެވެ. ޔާމީނަކީ އެކައުންޓް ފުރި ބަންޑުންވާ ވަރަށް ބޯކޮށް ރުފިޔާ އޮތް މީހެކެވެ. ވެރިޔަކަށް ހުންނަ މީހަކު ކަންކަމާ ގާތް ކުރާނީ އޭނާއަށް އިތުބާރު ހިފޭ ގާތް މީހުންނެވެ. މަގާމެއް ނުވަތަ އަމިއްލަ ކަމެއް ވެސް ހަވާލު ކުރެވޭނީ އެވަރުގެ މީހަކަށެވެ.

    ދެ އަކުރު އޮޅިގެން ޖަލު ހުކުމުން ޔާމީން ސަލާމަތް ކުރީ އަޒީބެ އަޑީގައި ހުރެގެން ކަމަށް ބުނެވޭނެ ހެތްކެއް ނުދެއްކެއެވެ. ހެކި ފެންނާނީ ވެސް ބަލައިގަންނަން ތިބި ބަޔަކަށެވެ. ކޮންމެ ގޮތެއް ވިޔަސް އަޒީބެއާ ޔާމީނަކީ ގާތް މީހުން ނޫން ކަމަކަށް ނުހެދޭނެއެވެ. އަދި އަޒީބެގެ ދަރިންނަކީ ދަރިން ނޫން ކަމަކަށް ވެސް ނުހެދޭނެ އެވެ. ޔާމީން ސަލާމަތް ވީމަ ހިތާމަ ކުރާ މީހުން ތިބޭ ގޮތަށް އެކަމާ އުފާ ކުރާ މީހަކަށް އަޒީބެ ވާނެއެވެ. އުފާވާ ކަމެއް ވިޔަސް ސުޕްރީމް ކޯޓަށް ބަތްޕާރުސަލް ފޮނުވޭނީ އެވަރުގެ މީހަކަށެވެ. އަޒީބެއާ ފަނޑިޔާރުގެ އޮތް ޢާއިލީ ގުޅުމަކީ ބަތް ޕާރުސަލަކާ އެޅުވޭ ވަރަށްވުރެ ގާތް ގުޅުމެކެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރެއް ވީމާ އެ ދުވަހުގެ އެ ޕާރުސަލަކީ ސުލޫކީ ޕާރުސަލެއްތޯ ނޫންތޯ އަހާ ސުވާލު ކޮށްލުމަކީ ޖޭއެސްސީއަށް ވެސް ނުކުރެވޭނެ ކަމެކެވެ.

    ތިންނާޅި ބަނޑު ހަނޑުލަށް ވުރެ އަނބި ފިރިކަމުގެ ބާރު ގަދަކަން ސްޕްރީމް ކޯޓަށް ފައިނަގާ އުޅެ ނުލިބުނު ކަނބަލުންނަށް ވެސް ނޭގެނީތާއެވެ.

    ހުރިހާ ކަމެއްވެސް ރަނގަޅެވެ. އަޅައިގަނެގެން މި އުޅެނީ އެހެން ކަމެއްގައެވެ. ޖޭއެސްސީން ސުވާލު ކުރުމާ ގުޅިގެން ޔާމީން ސަލާމަތް ކުރި ބެންޗްގެ އިސް ފަނޑިޔާރާ، އެ ފޮނުވި ބަތް ޕާރުސަލު ފޮނުވި ފަނޑިޔާރުގެ ބަފާބެގެ ދިފާޢުގައި އިދިކޮޅަށް ވަފާތެރި މީހުން މި އޮއްވާން ފެށި ވަޖިދަކުންނެވެ.

    އެންމެން އެތިބީ އޭގެ ދިފާއުގައި ބަބުރަށް އަރާ ކަށިމަތި އަޅައިގެން ނުކުމެއެވެ. މިހާރު ހިތަށް އަރަނީ ތިޔަ ބަތް ޕާރުސަލުގެ މައްސަލަ  ބަލަން ޖެހެނީ ނިކަން ރަނގަޅަށެވެ. ކުކުޅު ފައި ލުމަށްފަހު އޭގައި އޮންނަން ޖެހޭ ސުލޫކު ނެތި ރުގުޔާ ކުރެވިގެން ފޮނުވި ޕާރުސަލެއްތޯ ހަމަ ރަނގަޅަށް ވެސް ބަލާން އެބަ ޖެހެއޭ މިހާރު އެބަ ހީވެއެވެ.

    ]]>
    Sat, 03 Dec 2022 18:25:04 +0500 ހީރަސް
    އެމްޑީޕީ މެންބަރުން ބިރެއް ނުގަންނާނެ! https://heerasnews.com/762 https://heerasnews.com/762 އެމްޑީޕީގެ މެންބަރުންނަކީ މީހަކު ދައްކަފާނެ ބިރަކަށް ފަހަށް ޖެހޭ ބައެއް ނޫނެވެ. ވަޒީފާ ގެއްލިދާނެތީ ލޯނެއް ނުލިބި ދާނެތީ ބިރުން ކުރަން ބޭނުން ކަމެއް ނުކޮށް ތިބޭނެ ބައެއްވެސް ނޫނެވެ. އެމްޑީޕީ މެންބަރުން ކަމެއް ނުކޮށް ތިބިއްޔާ ތިބެނީ ހަގީގަތުގައި ވެސް އެކަމެއް ކުރަން ބޭނުން ނެތީމައެވެ. ހިތުގެ އަޑިން ކުރަން ބޭނުން ކަމެއް ނުކޮށް ފަސްޖެހޭ ބަޔަކަށް އެއް އިރަކުވެސް އެމްޑީޕީ މެންބަރުން ނުވެއެވެ.

    އެތެރޭގެ އިންތިހާބު ތަކުން އެކަން ވަރަށް ސާފުކޮށް ފެނެއެވެ. ގައުމީ މަޖިލީހުގެ ބަހުސް ތަކުންނާއި ނިންމުން ތަކުން އެކަން އެނގެއެވެ. ރައްޔިތުންގެ މަޖިލީސްގެ ބަހުސް ތަކުންނާއި ވޯޓު ތަކުން އެ މީހަކު ދެކޭ ގޮތުގައި ސާބިތުވެ ތިބޭކަން ރަނގަޅަށް އެނގެއެވެ. ވަކި މީހެއް ވެގެން ވަކި ގޮތަކަށް ކަންކަން ނިންމުމުގައި ބަސް ބުނެ ވޯޓު ދޭން ފަސް ނުޖެހޭކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެމްޑީޕީ ވަކި މީހެއްގެ ވަށައިގެން އަނބުރަން ބަޔަކު ބޭނުން ވިޔަސް އެކަން އެހެން ނުވާކަށް އާއްމު މެންބަރުން އެދަނީ ސާބިތުކޮށް ދެމުންނެވެ.

    އެމްޑީޕީ މެންބަރުންނަށް ވަކި މީހަކު މުހިންމު ނުވާކަން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ދައްކާ ދީފިއެވެ. އިބްރާއެއް މުނައްވަރެއް ވަހީދެއް ކިޔާނެ ކަމެއް ނެތްތާއެވެ. އަންނިއެއް އިބޫއެއް ވެސް އެމްޑީޕީއަކަށް މުހިންމެއް ނޫނެވެ. އެމްޑީޕީއަށް އަބަދުވެސް މުހިންމީ މެންބަރުންގެ މެޖޯރިޓީ ވިސްނުމެވެ. ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކުރުމެވެ. ކޮންމެ މީހަކު ވެސް ކޮށްދޭ ރަނގަޅު ކަންކަން ހިތުގެ އަޑީން އެމްޑީޕީ އާއްމު މެންބަރުން ބަލައިގަނެއެވެ.

    އެމްޑީޕީއަށް ރައީސް ނަޝީދު ވެސް މުހިންމުވީ އެ މަނިކުފާނު ވެރިކަމުގައި ހެޔޮ ބަދަލު ތަކެއް ގެނެސް ދެއްވީތީއެވެ. އެ މަނިކުފާނާއެކު އެމްޑީޕީ މެންބަރުން ފޮނި އުންމީދުތަކެއް ކުރިއެވެ. އެ އުންމީދުތައް އެ މަނިކުފާނަށް ހާސިލުކޮށް ދެއްވޭނެ ކަމަކަށް ގިނަ މެންބަރުން މިހާރަކު ގަބޫލެއް ނުކުރެއެވެ. އެ އާއި ހިލާފަށް ރައީސް ސޯލިހުގެ ހެޔޮވެރިކަން ގިނަ މެންބަރުން ބަލައިގަނެ އެމްޑީޕީގެ އުންމީދުތައް ހަގީގަތަކަށް ހައްދަވާ ދެއްވާނީ ރައީސް ސާލިހުކަމަށް އެމްޑީޕީގެ މެޖޯރިޓީ މިއަދު ގަބޫލުކޮށްފިއެވެ.

    ރައްޔިތުން މަޖިލީހުގެ ސާފު މެޖޯރިޓީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި އޮތީ ދާއިރާ ތަކުގެ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ރައީސް ސާލިހު މަސައްކަތްޕުޅު ކުރައްވާތީއެވެ. ކުރިން ހީކުރި ގޮތާއި ހިލާފަށް އެމްޑީޕީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ރައީސް ސާލިހުގެ ވިސްނުންފުޅާއެއް ގޮތަށް ބަދަލު ވެގެން ދިޔައީ އާއްމު މެންބަރު އެ ގޮތް ބޭނުންވެ އެ މީހުންގެ ވޯޓުންނެވެ. އެމްޑީޕީގެ އިދާރީ ހިންގުން ވެސް ރައީސް ސޯލިހުގެ ވިސްނުންފުޅާއެއް ގޮތަށް ބަދަލުކޮށްލީ އާއްމު މެންބަރުންނެވެ. ޕާޓީގެ ޗެއަރޕަރސަން އިންތިހާބުން އެ ނަތީޖާ އާއްމު މެންބަރުން އެ އޮތީ ދައްކާ ދީފައެވެ. އެންމެ ފަހުން އޮތް ކޮންގްރެސްއިން ދައްކާދިނީ އެމްޑީޕީގެ މެޖޯރިޓީ ވިސްނުން މިހާރު އޮތްގޮތެވެ.

    ތަފާތު ހިޔާލާ ތަފާތު ފިކުރަށް ޖާގަ އެމްޑީޕީގައި އޮންނަކަން އެނގޭ އެހެން ހަގީގަތެއް ވެސް އެބައޮތެވެ. ރައީސް ސޯލިހުގެ ސަރުކާރުގައި ރައީސް ސާލިހު އައްޔަން ކުރައްވާފައި ތިއްބެވި ބައެއް ސިޔާސީވެރިން ސަރުކާރާއި ރައީސަށް ފާޅުގައި ފާޑުކިޔުއްވާ ޓްވީޓްކުރައްވާ ޖެއްސުން އެބަކުރައްވައެވެ. ރައީސްގެ ވިސްނުންފުޅާ ދެކޮޅަށް ކެންޕޭން އެބަކުރައްވައެވެ.

    އެހެނެކޭ ކިޔާ އެ މީހުންނަށް ވަޒީފާގެ ބިރު ދައްކާ މަގާމުން ވަކޮށެއް ނުހައްދަވައެވެ. އެހެން ކަމުން އާދައިގެ ދަށް ފަންތީގެ މުއައްޒަފުންނަށް އެ މީހުންގެ ސިޔާސީ ފިކުރު ހުންނަ ގޮތުން އެއްވެސް ބިރެއް އެމްޑީޕީގެ ސަރުކަރެއްގައި ނޯންނާނެއެވެ.

    ހަމަ ތެދެކެވެ. އެމްޑީޕީގެ ތެރޭގައި ތަފާތު ހިޔާލަށް ޖާގަ އޮތްވަރު އިންތިހާބު ތަކުންނާއި ކުރެވޭ ސިޔާސީ ބަހުސް ތަކުން ފެނެއެވެ. ވަކި މީހެއް ވެގެން މެންބަރުން ގަބޫލުކުރާ ގޮތަކަށް ވާހަކަ ދެއްކުމާއި އަމަލު ކުރުމުގައި ބިރެއް ނުދެއްކޭކަން ވަރަށް ސާފެވެ. އެމްޑީޕީ މެންބަރުން ކަމެއް ކުރާނީ ނުވަތަ ނުކުރާނީ ބިރަކުން ނޫނެވެ. ބޭނުންވެގެންނެވެ. ވަކި މީހަކަށް ތާއީދު ކުރުމާ ނުކުރުން ވެސްއެއީ އެ މެންބަރެއްގެ އަމިއްލަ ނިންމުމެކެވެ. ތާއީދު ނުކުރާ މީހެއްގެ ކެންޕެއިން ޖަލްސާއަށް ދިޔުމާއި ނުދިއުން ވެސް އެއީ މެންބަރުންގެ އަމިއްލަ ނިންމުމެކެވެ.  

    ]]>
    Sat, 03 Dec 2022 14:53:37 +0500 ހީރަސް
    ބަނގުރޫޓުވީ ރާއްޖެއެއް ނޫން & ބަނގުރޫޓުވީ ޔާމީނާއި ނަޝީދު https://heerasnews.com/761 https://heerasnews.com/761 ބަނގުރޫޓްގެ އަޑު ލައްކަ ގަދައެވެ. ބަނގުރޫޓްގެ އަޑު އެހާ ގަދަވެގެން މިއުޅޭނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ޔަގީނުން ވެސް ކޮންމެސް ބަނގުރޫޓެއް އެބަވެއެވެ. އެކަމަކު ބަނގުރޫޓު ވަނީ ރާއްޖެއެއް ނޫނެވެ. ރާއްޖޭގައި އުޅޭ ދެމީހަކު މާ ގަދަޔަކަށް ބަނގުރޫޓު ވަނީއެވެ. މީހަކު ކުރި ކަމަކާ ނުލައެވެ. އަމިއްލައަށް އުޅެވުނު ގޮތަކުންނެވެ.

    ބަޔަކު މީހުން ހޭނުބަހައްޓާ ބަނގުރޫޓްގެ ވާހަކަ މި ދައްކަނީ ހަގީގަތުގައިވެސް ރާއްޖެ ބަނގުރޫޓް ވެގެން ހެއްޔެވެ. ނޫނެކެވެ.

    ބަނގުރޫޓް ވެފައި އޮންނަ ގައުމު ތަކުގައި މީހުން އުޅޭ ހާލު ގިނަ ބަޔަކު ދެކޭނެއެވެ. ބަނގުރޫޓް ވުމުން މީހުންގެ ހާލަތު ބަދަލުވެގެންދާ ގޮތްތަކެއް ލޮލަށް ފެންނަން އޮވެއެވެ. ބަނގުރޫޓް ވެފައި އޮންނަ ތަންތާ ބޭނުން ވިޔަސް ބޭނުންވާހާ ކަމެއް މީހުނަށް ކޮށެއް ނޫޅެވެއެވެ. ކުރެވޭކަށް ނުވެސް އޮވެއެވެ.

    ގައުމެއް ބަނގުރޫޓު ވުމުން އެގައުމެއްގައި ބޮޑު އަގު ދީގެން ގަންނަން ވެސް ކާބޯތަކެތި ލިބޭކަށް ނުހުރެއެވެ. ތެލާ ކާޑާ ކިއުގައި ތިބެ ކޫޕަނަށް ވެސް ލިބެނީ އެތައް ހާލަކުންނެވެ. އެވެސް ކުޑަކުޑަ މިންވަރެކެވެ. ދިރިއުޅުމުގެ ޒުރޫރީ ގިނަ ކަންކަން ކުރެވޭކަށް ނޯވެއެވެ. އާމްދަނީ ހޯދަން ކުރާނެ މަސައްކަތެއް ވަޒީފާއެއް ނޯވެއެވެ. ވަޒީފާ އެއް އޮތަސް މުސާރައެއް ނުލިބެއެވެ. އުނު އަންނައުނެއް ކަރަންޓެއް ފެނެއް ނުލިބެއެވެ. ދަތުރު ފަތުރެއް ނުކުރެވެއެވެ. ދުވާލު ހަތަރު ދަމުން އެއް އިރުވެސް ކާއެއްޗެއް ލިބޭނީ މަދު މީހަކަށެވެ.

    ރާއްޖެ ބަނގުރޫޓް ވެގެންދާ ވާހަކަ ދައްކާ މީހުންގެ ލޮލުހާލާ މެދު ހަމްދަރުދީ ވެވެއެވެ. ސިނކުނޑިއަށް ހަލަލެއް އައިސް ފެންނަތަން ނުފެންނަ އިވޭއަޑު ނީވޭ ވާހަކަ ދެއްކޭ މަންމަނުންނާ މެދު ހިތާމަ ކުރަމެވެ. ތިޔަ ކިޔާ ބަނގުރޫޓެއް ރާއްޖެ ނުވެއެވެ. އިރާދަ ކުރެއްވިއްޔާ ނުވެސް ވާނެއެވެ.

    ރާއްޖެ ބަނގުރޫޓްވީ ވާހަކަ ދައްކާއިރު މުޅި މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ހުޅުވާފައި ހުރިހާ ކެފޭ ހޮޓާ ރެސްޓޯރެންޓް ތަކުގައި 24 ގަޑިއިރު ކައިބޮއެ އަތް އަނބުރާލާފައި ދުއިސައްތަ ތިންސަތޭކައިން ބިލް ކަނޑާލަ ކަނޑާލާ މީހުނަށް ތިބެވެނީ ކީއްވެ ހެއްޔެވެ. ދުނިޔޭގެ ބަޒާރަށް ނެރޭ އެންމެ ޒަމާނީ ތިން ހަތަރު ފޯނު ހިފައިގެން ހިތުހުރި ވަރަކަށް ޑާޓާ އަޅައިގެން ގިނަބަޔަކަށް އެ އުޅެވެނީ ކީއްވެ ހެއްޔެވެ. ސްޕަރމާޓްތަކާއި ކަންމަތީ ފިހާރަތަކުން ހިތުހުރި އެއްޗެއް ގަނެލަން ލިބެން އެހުންނަނީ ކީއްވެ ހެއްޔެވެ. ހުއްޓުމެއް ނެތި ކޮޅުކޮޅަށް ސައިކަލުތަކާ ކާރުތަކުގައި ދަތުރު ކޮށްލަ ކޮށްލާ އެ އުޅެވެނީ ކީއްވެ ހެއްޔެވެ. 

    މާލެ ސަރަހައްދުގައި ދިހަބާރަ ހާހަށް އެޕާޓްމަންޓެއް ކުއްޔަށް ހިފަން ނުލިބިގެން މީހުންގަނޑު ތެޅެފޮޅެނީ ކީއްވެ ހެއްޔެވެ. ކިތަންމެ އަގުބޮޑަސް ފުލައިޓްތަކުން ޖާގަ ނުލިބިގެން އެތައް ބަޔަކު ތެޅި މަރުވަނީ ކީއްވެގެން ހެއްޔެވެ. ޝޯތަކާއި މުބާރާތް ތަކާއި ސްޓާފް ނައިޓްތައް ބާއްވާ މަޖަލާ ސަކަރާތުގައި އެންމެން އަވަދި ނެތި އެއުޅެވެނީ ކީއްވެ ހެއްޔެވެ. ފަތުއަޑު ކިޔާފާއި އިމާރާތް ކުރުމާ މަސްވެރިކަމުގައި ހޭބޯނާރާ މީހުން އުޅެމުން ދަނީ ކީއްވެހެއްޔެވެ.

    އެތައް ހާސް ބަންގާޅު މީހުންނާއި އެނޫން ވެސް ގައުމުތަކުގެ މީހުން އަތުފަތު ނުޖެހި ލައްކަ ލައްކައިން ޑޮލަރު ހޯދައިގެން ބޭރު އެކުރެވެނީ ނެތް ފައިސާ ކޮންތާކުން ހޯދައިގެން ހެއްޔެވެ. މަސާޖު ޕަލާތަކާއި ފިޓްނަސް ސެންޓަރ ތައް ނުހުއްޓި ހިނގަހިނގާ އެހުރީ ކީއްވެހެއްޔެވެ. ޖަވާބު ދީބަލާށެވެ. އެހުރިހާ ހަރަކާތް ކެނޑިނޭޅި ހިނގަމުން ދަނީ އިގްތިސާދުގައި ވަރު ހުރީމައެވެ. ބަނގުރޫޓްވެފައި އޮތްނަމަ ކިތަންމެ ބޭނުން ވިޔަސް އެއްކަމެއް އެއްތާކުވެސް އެ ގޮތަކަށް ނުހިނގާނެއެވެ.

    ލޯނަކީ އިގްތިސާދު ދުޅަހެޔޮ ކުރުމަށް ނަގަން ޖެހޭ އެއްޗެކެވެ. ލޯނު އަދާކުރަން ލޯނު ނަގަން ޖެހޭ ހާލަތުވެސް އަންނާނެއެވެ. ރޭވުންތެރި ކަމާއެކު ރަގަޅަށް މެނޭޖު ކުރެވެންޏާ ލޯނު ނެގުން މައްސަލައަކަށް ވާނަމަ އެއްބަޔަކުވެސް ލޯނެއް ނުނަގާނެއެވެ. އާމްދަނި ނުލިބި ދެއަހަރެއްހާ ދުވަހު ހަރަދު ކުރަން ޖެހުނީމާ ޖަމާގައި ހުންނަ އެއްޗަކަށް ލޮޅުން އަރާނެއެވެ.

    އެހެނެކޭ ކިޔާ ކުރަންޖެހޭ ހަރަދު ނުކޮށް ތިބީ ކޮންބައެއް ކޮންތާކު ހެއްޔެވެ. ވެވެން އޮތް ގޮތަކަށް ލޯނާއެހީ ހޯދައިގެން ކުރަންޖެހޭ ކަންކަން ކުރަމުން އާމްދަނީ ހޯދަމުން ލޯނު ދައްކަމުން ދާނަމަ ވާނީ ކޮން ބަނގުރޫޓެއް ހެއްޔެވެ.

    ސިޔާސީ ގޮތުން ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ބަޔަކު ދައްކާފަ ނުދައްކާނެ ވާހަކައެއް ނުއޮންނާނެއެވެ. ސިޔާސީ ގޮތުން ބަޔަކު ބަނގުރޫޓުވެ ވެރިކަމާ ފޭވި ވަރަކަށް ރައްޔިތުންގެ ކަންބޮޑުވުން އިތުރު ކުރަން ބަނގުރޫޓް ލަވަ ނޫނީ މިހާރަކު ކިޔޭނެ އެހެން އެއްޗެއް ނެތުމުން ބަރުބާރަށް ބަނގުރޫޓޭ ބަނގުރޫޓޭ ގޮވޭނެއެވެ. ބަނގުރޫޓް ވިއްޔާ ވެގެން އުޅެނީ ޔާމީނާއި ނަޝީދެވެ. ރާއްޖެއެއް ނޫނެވެ.

    ]]>
    Fri, 02 Dec 2022 20:02:43 +0500 ހީރަސް
    ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ތަފާތަކީ ތަފާތު ނުކުރުން https://heerasnews.com/760 https://heerasnews.com/760 ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ތަފާތަކީ ތަފާތު ނުކުރުމެވެ. ހަމަހަމަ ކަމެވެ. އެގޮތުން ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮއެ އުޅެނީ ނަޖިސް ފެނުންކަން ދެނެވަޑައިގެން އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރަށްރަށުގެ ނަރުދަމާއާއި ފެނުގެ ޚިދުމަތް ގާއިމުކޮށް ދެއްވުމެވެ. އެއްފަހަރާ ސަތޭކަ އެތައް ރަށެއްގައި އެ މަސައްކަތް އެގެންދަނީ ކުރައްވަމުންނެވެ.  

    ލަފާފުރޭނެ ފަދައެއް ނެތިފައި އޮތް ހުރިހާ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ދަނީކުރިއަށެވެ. ބޭރުތޮއްޓާއި އެއްގަމުވާޓަރު ވެއްޓި ވީރާނާވެފައިވާ ހުރިހާ ރަށެއްގެ ތޮށިތަކާއި ބަނދަރުތަކުގެ އާބާތުރަ ފިލުއްވުމުގައި އެ އުޅުއްވަނީ އަވަދިނެތިއެވެ. ރަށްގިރުމުގެ ނުރައްކާތެރިކަން ކުރިމަތިވެފައިވާ ހުރިހާ ރަށެއް ރައްކާތެރިކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެ ރަށެއްގެ ވެއްޓާއި ގުޅޭހެން އެދަނީ އަޅަމުންނެވެ. މަގުތައް ތަރައްގީކޮށް ތާރުއަޅާ ރަށްވެހި ފަތިސް ގެނެސްދެއްވަމުން އެގެންދަވަނީ ރަށުގެ ކުޑަބ ޮޑުމިނަށް ބެއްލެވުމެއް ނެތިއެވެ.

    ކަރަންޓްކެޑި ކަނު އަދިރީގައި ތިބެން ޖެހުމުން ރަށްރަށުގެ ރައްޔިތުން ސަލަމަތްކުރެއްވުމަށްޓަކައި ހޭބޯނާރާ މަސައްކަތް އެބަކުރެއެވެ. އައު އިންޖީނުގެތައް ބިނާކޮށް ކަރަންޓުގެ ވިއުގަ ފެންވަރުމަތިކޮށް އެ ރަށަކާ އެކަށީގެންވާ ގޮތަށް އެންމެ އެކަށީގެންވާ ހިދުމަތް ގާއިމުކޮށް އެހުރެ ނިމެނީއެވެ. ބަލިމީހަކަށް އައިވީ ދޭ ބީދައިން ދެވުނު ކަރަންޓުގެ ހިދުމަތް އިއާދަ ުރަނިވި ހަކަތައާއިއެކު ތިމާވެއްޓާއި ރައްޓެހި ގޮތެއްގައި ޒަމާނީކޮށް އެނިމެނީއެވެ. ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުވެ، ހޮސްޕިޓާތައް ޓާޝަރީ ކުރައްވަމުން އެގެންދަވަނީ ސިއްސައިގެން ދާހާ އަވަހަށެވެ.

    ތައުލީމީ ދާއިރާއިން މި ސަރުކާރު ހޯދާފައިވާ ކުރިއެރުން ތަކުގެ ވާހަކަދ ައްކާ ކޮޅުންލާކަށްނެތެވެ. މަތ ީތައުލީމު ހާސިލ ުކުރެވޭނެ ގޮތް ނެތިފައި ތިބި ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ހިލޭ ޑިގްރީ ޕްރޮގްރާމް ތައާރަފްކޮށް ކާމިޔާބުކަމާއެކު އެބަހިންގައެވެ. ރާއްޖޭން ބޭރުގައި ގޮތްހުސްވެ ކިޔެވުން ހުއްޓާލާފައި އެބުރި އަންނަން ޖެހިފައިވާ އެތައް ދަރިވަރުންނަށް ލޯނު ސްކީމެއްގެ ދަށުން ކިޔެވުން ކުރިއަށް ގެންދެވޭނެ މަގުއޮތީ ފަހިކޮށްފައެވެ. ސަރުކާރުގެ ހަރަދުގައި ހެދުނުގެ ނާސްތާ ލިބިގެންނޫނީ އެއްވެސް ދަރިވަރަކު ދުވަހުގެ ކިޔެވުމެއް ނުފަށައެވެ. ވަސީލަތާއި އިމާރާތުގެ ދަތިކަން ސްކޫލް ތަކުން ފިލުވާ ދިނުމުގައި ބޮޑުތ ަނުން ކާމިޔާބީ އެދަނީ ހޯދަމުންނެވެ. ކިޔާފައި ނުކިޔާނެ ކަމެއްނެތެވެ.

    މާާލެ ތޮއްޖައްސާ ގިނަ ރަށްތަކެއް ފަޅުކޮށްލުމުގެ ސިޔާސަތު ހުއްޓަވާލައްވާ ލާމަރުކަޒީ ބާރުތައް ރައްރަށް ތަންމިނައް އެވަނީ ދޫކޮށް ލައްވާފައެވެ. ދަތުރު ފަތުރުގެ ވިއުގަތަކުން މުޅިރާއްޖެ ވައިގެމަގުންނާއި ކަނޑުމަގުން ގުޅުވާލާ އެހުރެނިމެނީއެވެ. އަގުހެޔޮ އަވަސް ދަތުރު ފަތުރުގެ ނިޒާމެއް މުޅި ރައްޔިތައް ފަހިކޮށްދީ އިގުތިސާދީ ނާރެސް ފުޅާވެ ބޮޑުވަމުން އެހެރަ ދަނީއެވެ. ދަރަނިވެރި މެގަ ޕްރޮޖެކްޓްތަކަކަށްވުރެ މުޅިރައްޔިތަށް ނަފާވެރި މަޝްރޫއޫތައް އެކި ކަންކޮޅު ތަކުގައި އެގެންދަވަނީ ހިންގަވަމުންނެވެ.  ދަރަނި އަދާކުރުމަށް ދަރަނިވެރިވުން ނިމުމަކަށް ގެނައުމަށް އެހީތެރި ގައުމުތަކުގެ މަދަދާ އެހީތެރިކަން ހޯއްދަވައި ރައްޔިތުންނަށް ލުއިގޮތެއްގައި ރައްކާތެރި ދިރިއުޅުމެއް ހޯއްދަވާ ދެއްވުމަށް ކެނޑިނޭޅި ހިތްވަރު އެބަ ކުރައްވައެވެ.

    ސަރުކާރުގެ ތެރޭގައި ހިނގާ ފަސާދައިގެ އަމަލުތައް ބައްލަވާ އިންސާފުވެރި ފިޔަވަޅު އެބަ އަޅުއްވައެވެ. ބިލިޔަން ބިލިޔަނުން ފައިސާ ވެރިންގެ ޖީބުތަކަށް ނަހަމައިން ގަންބާ ފުރާލި ދައުލަތުގެ ފައިސާ އަނބުރާ ހޯއްދަވަން އަދުލުވެރި ކަމާއެކު މަސައްކަތް އެބަކުރެެވެއެވެ. ދައުލަތުގެ އިހުމާލުން ބޮޑެތި ގެއްލުންތައް ލިބޭ ފަރާތްތަކަށް އަދުލުވެރި ބަދަލު އެބަ ހޯއްދަވާ ދެއްވައެވެ. މޫލާ ހަރުވެ ހަމައެއް ލަމައެއްނެތި ކުރާ އިންސާނީ ވަގުފާރީގެ ދޮރުތައް އެގެންދަވަނީ ބަންދުކުރައްވަމުންނެވެ. ވިސާއެއް ޕާސްޕޯޓެއް ނެތި ބިދޭސީން ބޭނުންހާ ގޮތަކަށް އުޅެމުން އައި ގިނަ ބިދޭސީންތަކެއް ޑީޕޯޓް ކުރައްވައިފިއެވެ. އާއްމު ކުދިވިޔަފާރިތަކުން ބިދޭސީ ލޭބަރުން ނަގަމުންދާ މަންފާ ނެގުން ހުއްޓުވުމުގެ މަސައްކަތް ކެއްތެރިކަމާއެކު ވަނީ ފައްޓަވާފައެވެ.

    ]]>
    Fri, 02 Dec 2022 15:11:39 +0500 ހީރަސް
    ހަނދާން ނުނެތޭނެ ފަސާދައާއި އަނިޔާގެ ހަތް އަހަރު https://heerasnews.com/759 https://heerasnews.com/759 ވޭތުވެދިޔަ ހަތަރު އަހަރުގެ ކުރިން މުޅި ދައުލަތް އޮތީ ހީރަސް ކެނޑިފައި އޮތް ފޮތެއް ހެނެވެ. ގައުމު މިހާލަތަށް ބަޔަކު މީހުން ގަސްދުގައި ވައްޓާލީ މިއަދަކު ނޫނެވެ. މިހާރު މި އޮތް ވެރިކަން ފެށުމުގެ ކުރިން ހިނގި ހަތް އަހަރަކީ ރާއްޖޭގައި ފަސާދައާއި އަނިޔާވެރިކަން ނިހާޔަތަށް ބޮޑު ހަތް އަހަރެވެ. އޭރު ޖެހުނު ތާކުން ޖެހުނު މީހަކު ދައުލަތް ލޫޓުވަނީއެވެ. މުއައްޒަފަކަށް ވަޒީފާގެ ރައްކާތެރި ކަމެއް ނެތެވެ. ސިޔާސީ ބޭނުމުގައި ގުރުބާން ނުކުރާ އެއްކަމެއް ނެތެވެ. އަނެއް ކޮޅުން ދައުލަތުގެ ހުރިއްޔާ ހުރި އެސެޓެއްގައި ވިޔާފާރިކޮށް ބޭނުންކޮށް ބައިއަޅައިގެން ކައިހުސްކޮށް އޮތީ ނިންމާފައެވެ.

    ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އޮތް ރީތިނަން ވެއްޔާ މޮޑެލާފައެވެ. ދުނިޔޭގެ އެތައް ބަޔަކާ ގުޅުން ކަނޑާލާފައެވެ. އިސްލާމީ ބައެއް ގައުމުތަކާއި ސިޔާސީ އަހުވަންތަ ގުޅުން ރަސްމީކޮށް ކަޑާލާފައެވެ. އެކުވެރި އެހީތެރި އެތައް ގައުމެއް ހިމެނޭ ކޮމަންވެލްތާއި ގުޅުންކަޑާފައެވެ. ޔޫރަޕިއަން ޔުނިއަނާއި އެމެރިކާއާއި އެކުގައި އޮތް ބަދަހި ގުޅުން ހީނަރުވެ އެކަހެރިވެފައެވެ. އެހެން ބައެއްގެ އެހީތެރިކަން ނުލިބޭ ވަރަށް ރާއްޖެ އޮތީ ބާކީ ވެފައެވެ.

    ސިޔާސީ ފިކުރު ތަފާތު އެންމެންގެހެން ދިރިއުޅުން ދަތިކޮށްފައެވެ. ސިޔާސީ ވާދަވެރިން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ގައިދުކޮށްފައެވެ. ޖަލުގެ އަނިޔާ އާދައިގެ ކަމަކަށްވެ އެތައް ބައެއްގެ ފުރާނަ އުދުއްސާލާފައެވެ. ރިސްވަތާ ފަސާދައިން ކޯޓުތައް ތަގައްޔަރު ކޮށްފައެވެ. މަގުތައް ނާމާންވެ ސަލާމަތުން އެބުރި ގެއަށް ވަދެވޭނެކަމުގެ ޔަގީންކަށް ރައްޔިތު މީހާއާށް ގެއްލުވާލާފައެވެ. މީހުންމެރުމާއި ޑްރަގުއާއްމު ކުރުވާފައެވެ. ކޯޓުތަކުގެ ބާރު ކަނޑުވަލާ އިންސާފު ހޯދާދޭ ބަޔަކީ ގޭންގުތައް ކަމުގައި ހަދާފައެވެ.

    މާާލެ ތޮއްޖައްސާ ގިނަ ރަށްތަކެއް ފަޅުކޮށްލުމުގެ ސިޔާސަތު ކުރިއަށް ނެރެފައެވެ. ދަރަނިވެރި މެގަ ޕްރޮޖެކްޓްތަކެއް ހިންގާ މުޅިދައުލަތުގެ މުސްތަގުބަލު އެކީއެކައްޗަކަށް މޯގޭޖު ކޮށްފައެވެ. ދަރަނި އަދާކުރުމަށް ދަރަނިވެރިވުން ފަހުން އަންނަ ބަޔަކަށް މަޖުބޫރު ކުރުވާފައެވެ. ދަރިންގެ ދަރިންގެ މިނިމިންޏަށް ބޯނުހިކޭވަރު ކޮށްލާފައެވެ. ދަރނިވެރި ލޯނުތަކުގެ ބޮޑުބައެއް ބަޔަކު މީހުން ދިރުވާލައި ހަޖަމްކޮށް ނަޖިހަށް ހަދާފައެވެ.

    ނުކުރާ އެތައްކަމެއް ކުރިކަމަށް ހަދާ ބިލިޔަން ބިލިޔަނުން ޖީބުތަކަށް ގަންބާ ފުރާފައެވެ. ހަމައެއް ލަމައެއްނެތި އިންސާނީ ވަގުފާރި އާއްމުކޮށްފައެވެ. ވިސާއެއް ޕާސްޕޯޓެއް ނެތި ބިދޭސީން ބޭނުންހާ ގޮތަކަށް އުޅުމަށް ދޫކޮށްލާ އާއްމު ކުދި ވިޔަފާރިތައް ބިދޭސީ ލޭބަރުންގެ އަތްމައްޗަށް ފޮރޮޅާލަ ދީފައެވެ.

    ރަށްރަށުގައި ރައްޔިތުން ފެންވަރާ ބޮއެ އުޅެނީ ނަޖިސް ފެނެވެ. ލަފާފުރޭނެ ފަދައެއް ނެތިފައި ސަތޭކައަށް ވުރެ ގިނަރަށް އޮތެވެ. ފަޅެއް އޮތްނަމަ ބޭރުތޮއްޓާއި އެއްގަމުވާޓަރު ވެއްޓި ވީރާނާވެފައެވެ. ރަށްގިރުމުގެ ނުރައްކާތެރިކަން ގިނަ ރަށްރަށަށް ކުރިމަތިވެ ތިބީ ގޮތް ހުސްވެފައެވެ. ނަރުދަމާއާއި ސާފުބޯފެނުން ގިނަ ރައްޔަތުން ތިބީ މަހުރޫމުވެފައެވެ. ކަރަންޓްކެޑި ކަނު އަދިރީގައި ތިބެން ޖެހުމަކީ ގިނަ ރަށްރަށުގައި އާއްމުކަމެކެވެ. ކަރަންޓުލިބުނަސް ލިބެނީ ބަލިމީހަކަށް އައިވީ ދޭ ބީދައިންނެވެ. ސިއްހީ މަރުކަޒުތައް ހުންނަނީ ނަމެއްގައެވެ. ފަރުވާދޭނެ އާލާތް ހުރިއްޔާ ޑޮކްޓަރެއް ނުހުރެއެވެ. ޑޮކްޓަރަކު ހުރިއްޔާ އާލަތެއް ނުހުރެއެވެ.

    މިހާރު އެހެންތޯއެވެ. ރައީސް ސާލިހު ދައުލަތް ހިންގެވުމުގައި ހާދަހާ ހިކުމަތްތެރިއެވެ. ހާދަކެއްތެރިއެވެ. ހާދަ ދުރުވިސްނަވައެވެ. ތަފާތު ސިޔާސީ ވާދަވެރިން ބައިވެރި ކުރައްވައިގެން ސަރުކާރު ހިންގަވަމުން އެގެންދަވަނީ ފިސާރި މޮޅަށެވެ. ސިޔާސީ ފިކުރު ތަފާތު ވުމަކީ އެކުގައި މަސައްކަތް ނުކުރެވެންވީ ސަބަބެއް ނޫންކަން އެގެންދަވަނީ ސާބިތުކޮށް ދެއްވަމުންނެވެ. އިންސާނީ ހައްގާއި ގައުމީ ކަރާމާތް ނަގަހައްޓަވާ ދަމަ ހައްޓަވަމުން އެގެންދަވަނީ އަޖައިބެއްހާ މޮޅަށެވެ. 

    ]]>
    Fri, 02 Dec 2022 11:42:57 +0500 ހީރަސް
    އެފްރިކާ ބައްރުގެ އެންމެ މުއްސަދި އަންހެނާ ހޯދަންފަށައިފި https://heerasnews.com/758 https://heerasnews.com/758 ދުނިޔޭގެ ފުލުހުންގެ އޭޖެންސީ އިންޓަޕޯލުން އެންގޯލާގެ ވިޔަފާރި ޓައިކޫން އިޒަބެލް ޑޮސަންތޮސް ހޯދުމަށް އިއުލާނުކޮއްފިއެވެ. އިންޓަރ ޕޯލްގެ ރެޑް ނޯޓިސްގައިވަނީ ހިފާ ހައްޔަރު ކުރުމުގެ އަމުރެއް ނޫންކަމަށް ރޮއިޓާސްއިން ހަބަރުދެއެވެ. ބުދަ ދުވަހު އިންޓަރޕޯލްއިން ނެރުނު އަމުރުގައިވަނީ އިޒަބެލް ޑިސަންތޮސް އުޅޭތަނެއް ހޯދާ ލޮކޭޓުކުރުމަށާއި ގާނޫނީ ފިޔަވަޅު އެޅުމާއި އެންގޯލާއަށް ފޮނުވާ ދިނުމެވެ.

    އެންގޯލާގެ ޕަބްލިކް ޕްރޮސިކިއުޓަރ ހެލްޑަރ ޕިއްޓާ ގްރޮސް ރިޕޯޓަރުންނަށް ދިން އިންޓަވިއުގާ ބުނެފައިވަނީ އެންގޯލާ ސަރުކާރުން 49 އަހަރުގެ ވިޔަފާރިވެރިޔާ ބަންދުކޮއްގެން ގެނައުމަށް އިންޓަޕޯލްގައި އެދިފައިވާނެ ކަމަށެވެ. އޭނާގެ މައްޗައް ސަރުކާރުން ވަރަށްގިނަ ތުހުމަތުތައް އަންނަނީ ކުރަމުންނެވެ.

    ޑޮސަންތޮސް ބުނަމުން ދަނީ އޭނާގެ މައްޗައް ކުރާ ތުހުމަތު ތަކަކީ ސިޔާސީ ކަމެއް ކަމަށެވެ. އެއްވެސް ހަގީގަތެއް އެކުލެވޭ އެއްވެސް ދައުވާއެއް ކޮއްފައި ނެތްކަމަށެވެ. ޑޮސަންތޮސް އަކީ އެންގޯލާގައި ހުރި އެންމެ މުއްސަދި މީހާއެވެ. އަދި އެފްރިކާ ބައްރުގައި ހުރި އެންމެ މުއްސަދި އަންހެން ވިޔަފާރިވެރިޔާއެވެ. ޑޮސަންތޮސް އަކީ އެންގޯލާގައި 2017 ވަނަ އަހަރާއި ޖެހެންދެން ޖުމްލަ 38 އަހަރު ވަންދެން ވެރިކަން ކުރެއްވި ކުރީގެ ރައީސް ޖޯސް އެޑްވާޑޯ ޑޮސަންތޮސްގެ ދަރިކަބަލުންނެވެ. އެންގޯލާގެ ކުރީގެ ރައީސް ޖޯސް އަވަހާރަވުމަށް ފަހު ޖޯސްގެ މުދާތައްވެސް ލިބިފައިވަނީ އިޒެބެލް އަށެވެ.

    އެންގޯލާގެ ދައުލަތުގެ ހަޒާނާއިން އެއް ބިލިއަން ޑޮލަރުގެ ހިޔާނާތް ވެފާވާ ކަމަށް ތުހުމަތު ކުރިއެވެ. އަދި އެންގޯލާގެ ތެޔޮ ކުންފުނި ސޮނަންގޯލްއިން ވެސް އެ ކަމަނާގެ ބައްޕާފުޅުގެ ވެރިކަމުގައި ވައްކަން ކުރިކަމަށް ތުހުމަތު ކުރެއެވެ. 2020ވަނަ އަހަރު އިޒެބެލް އާއި އިޒެބެލްގެ ފިރިކަލުންގެ މައްޗައް ކަރަޕްޝަންގެ ތުހުމަތު އުފުލުނެވެ.

    ސީއެންއެން ޕޯޗްގަލް އަށް އިޒިބެލް ޑޮސަންތޮސް ދެއްވި އިންޓަވިއުއެއްގައި ވިދާޅުފައިވަނީ އެންގޯލާގެ ކޯޓުތައް މިނިވަން ނޫން ކަމަށާއި ފަޑިޔާރުން ހުކުމް ކުރަނީ ސިޔާސީ ވެރިން ހިތް ރުއްސަން ކަމަށެވެ. އިޒެބެލްގެ އާއިލާ ފިލައިގެން ގޮސް ދިރިއުޅެމުން ދަނީ ކޮން ގައުމެއްގައިކަން އަދި ވަނީ ކަށަވަރުނުވެއެވެ. ޕޯޗަގަލް، އިގިރޭސިވިލާތް އަދި އޫއޭއީއަށް ވެސް ދާދި ފަހުން ދަތުރު ކުރި ކަމަށް ނޫސްތަކުން ބުނެއެވެ.

    ]]>
    Thu, 01 Dec 2022 20:58:41 +0500 ހީރަސް
    އިބޫ: ދެވަނަ ދައުރެއް ކާމިޔާބު ކުރާނެ ފުރަތަމަ ރައީސް https://heerasnews.com/757 https://heerasnews.com/757 ވެރިކަމައިގެން ތަންދޮރު ކުޑަވެގެން އެތައް ބަޔަކު ނުކުރާ ކަމެއްނެތެވެ. ދުރާލާ ރާވައިގެން ވެރިކަމާ ކައިރި ވެވޭނެ ހުރިހާ ގޮތަކަށް މުޅި ހަޔާތް ގުރުބާން ކުރާއިރު ވެސް ގިނައީ ވެރިކަމުގެ ވަސްވެސް ނުފެންނަ މީހުނެވެ. ކުރިން ވެރިކަން ލިބި އޭގެ މަސްތުގައި ޖެހި ހިތްނުކެނޑި ގެއްލުނު ފުރާވަރު ހޯދަން އުޅޭ މީހުންގެ ހާލު ވަކީން ބޮޑެވެ. އެހެންނެއް ކަމަކު ކުރާހާ ތަދުބީރު ތަގުދީރަށް ނުވެދަނީ މަދެއްކޮށް ނޫނެވެ. ބައެއް ޒާތުގެ ކަންކަން ހިނގާ ނިމިދަނީ ބަޔަކު ދުވަހަކު ހިތައް ނަރާ ގޮތް ގޮތަށެވެ.

    ރާއްޖޭގެ ރައީސްކަން އިބްރާހީމް މުހައްމަދު ސާލިހު ކުރައްވަފާނެ ކަމަކަށް ކުރިޔަކުން މީހަކު ހިތަށް ވެސް ނާރައެވެ. އެކަމަށް އެދިވަޑައިގެން އެއްވެސް ކަމެއް ދުވަހަކު ކުރެއްވި ކަމެއް އެނގިފައެއް ނެތެވެ.

    ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރކަށް ހުންނަވައިގެން ވެސް ޔޯލަކޮށްލާފައިވެސް ވެރިކަން ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައެއް ނެތެވެ.

    ވެރިކަމައިގެން ލޮލުފިޔަ ނުޖަހާ އުޅުނު އެންމެން އެހެން އުޅެއުޅެ ތިއްބާ ރައީސް ސާލިހުގެ އަތްޕުޅު މައްޗަށް ވެރިކަން ފުރޮޅިގެން ދިޔަގޮތް އިބުރަތަކަށް ފުދެއެވެ. ވެރިކަން ލިބި ވަޑައިގެން ގޮތާއި ވެރިކަން ކުރެއްވުމުގައި ގާއިމު ކުރައްވަމުން ގެންދަވާ ތަފާތު ރެކޯޑް ތަކަކީ ފެންނަ އާދަޔާ ހިލާފު ތަފާތެކެވެ.

    ރައީސް ސާލިހު ވެގެން ގޮސްފައި ވަނީ މަލްޓިޕާޓީ ޑިމޮކްރަސީއަށް ރާއްޖެ ފައްކާވީ ފަހުން ދެވަނަ ބުރަކަށް ނުގޮސް ރައީސް ކަމަށް ހޮވި ވަޑައިގެން ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ފިކުރު ތަފާތު ސިޔާސީ ޕާޓީ ތަކެއްގެ މައްޗަށް އެކުލެވޭ ކޯލިޝަން ސަރުކާރެއް ރޫޅާ ނުލައްވާ ދެމެހެއްޓެވި ފުރަތަމަ ރައީސަށެވެ. ރައިސުލްޖުމްހޫރިއްޔާގެ ނައިބާ މައްސަލަ ނުޖެހި ނައިބުރައީސްއާއި އެކު އޮންނަން ޖެހޭ ގުޅުމާއި އިތުބާރު ދެމެހެއްޓެވި ފުރަތަމަ ރައީސަށެވެ.

    ރައީސް ސާލިހަކީ ވެރިކަން ކުރާ މައިޕާޓީގެ އެތެރޭގެ ކޯޅުންތައް ކިތަންމެ ބޮޑަސް ޕާޓީގެ ރައީސް ދައުލަތް ހިންގުމާއި ޕާޓީގެ ލީޑަރޝިޕުން ބާކީކޮށް ނުލައްވާ އެކަށޭނަ އިހުތިރާމް ދެއްވައިގެން  ޕާޓީގެ މެޖޯރިޓީ ތާއީދު ހޯއްދެވި ލީޑަރެވެ. ޕާލަމެންޓްރީ ގްރޫޕާއި ގައުމީ މަޖިލީހާއި ކޮންގްރަސްގެ ތާއީދު އެންމެ ބޮޑަށް އޮތް އިސްލީޑަރެވެ.

    މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19 ގެ އާލަމީ ވަބާއިން މުޅި ރައްޔަތުން ސަލާމަތްކޮށް ދެއްވި އާދަޔާ ހިލާފު ލީޑަރެވެ. ދަތި އުދަގޫ ހާލަތުގައި ގިނަ ގައުމުތަކާ ހިލާފަށް ކޮވިޑް ވެކްސިން ރައްޔިތުންނަށް ދިނުމުގައި ދުނިޔޭގެ ރެކޯޑް ގާއިމުކުރެއްވިއެވެ. ކޮވިޑް ޖެހިގެން މަރުވި މީހުން އެންމެ މަދު އެއްގައުމަށް ހައްދަވައި ކޮވިޑް މެނޭޖުކުރުމުގައި ދުނިޔެއަށް މިސާލު ދެއްކެވިއެވެ.

    މުޅި ދުނިޔޭގެ އިގްތިސާދީ ހަރަކާތްތައް ހުއްޓި ގިނަ ގައުމުތަކުގައި ފަގީރުކަން އާއްމުވެ އެތައް ގައުމެއް ކާބޯ ތަކެއްޗަށް ޖެހި ބަނގުރޫޓު ވެގެން ދިޔައިރު ރާއްޖޭގެ ރައްޔިތުން އެހާލަތަށް ވެއްޓުނަ ނުދެއްވާ ގައުމު ނެހެއްޓެވިއެވެ.

    މުޅި ދުނިޔެއިން ފަތުރުވެރި ކަމުގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހެޓްޓްރިކް ހެދިއެވެ. ދުނިޔޭގެ ޖަމްއިއްޔާގެ ރިޔާސަތަށް ރާއްޖެ ގެންގޮސް ދެއްވިއެވެ. ބައިނަލް އަގުވަމީ ދުނިޔޭގައި ބަސްވިކޭ ނަންހިގާ ގައުމަކަށް ރާއްޖެ ހެއްދެވިއެވެ.

    ވަޒީފާއެއް ކުރާނެ ކަމެއް ނެތިފައި ރަށްރަށުގައި ތިބި އެތައް ހާސް އެތައް ސަތޭކަ ބަޔަކަށް ސަރުކާރާއި ކުންފުނިތަކުން ވަޒިފާ ދެއްވާ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެގޮތް ހައްދަވާ ދެއްވާ ފޯރުންތެރި ކުރުވިއެވެ. މިނިމަމް ވޭޖު ތައާރަފްކޮށް ޓީޗަރުންގެ މުސާރަ އުފުއްލާލަ ދެއްވިއެވެ.

    ޒަމާނުއްސުރެ އިހުމާލުކޮށް ބަކީކޮށްފައި އޮތް ރަށް ތަކަށް ތަފާތެއް ނެތި ފެނާ ނަރުދަމާއާއި ބަނދަރު ހޯއްދަވާ ދެއްވިއެވެ.

    ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ސްކޫލު މަދަރުސާތަކާއި ޒުވާނުންގެ މަރުކަޒުތަކާ ކުޅޭ ބިންތައް ޒަމާނީ ފެންވަރުގައި ތަރައްގީ ކުރައްވާ ކޮންމެ ރަށަކީ އިންސާނުން ދިިރިއުޅެން ކަމުދާ އަމާން ހިދުމަތްތެރި ވެއްޓަކަށް ބަދަލުކޮށް ލައްވައިފިއެވެ. ވައިގެ މަގުންނާއި ކަނޑުމަގުން މުޅި ރާއްޖެ ގުޅި ލާމެހެމުން އެހުރެގެން ދަނީއެވެ.

    ސްލޯވެ ކަންކަން ނުކުރެވޭ ވާހަކަ ދެއްކި ވާދަވެރިން މިއަދު ދައްކަނީ ވަޒީފާ ދޭވާހަކައާއި ހަރަދު ބޮޑު ވާހަކައާއި ދަރަނީގެ ވާހަކައެވެ. އުދަގުލާ ދަރަންޏާއެކު ރައްޔިތުންނަށް އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ހޯއްދަވާ ދެއްވުމުގައި އަވަދިނެތި އެއުޅުއްވަނީ ފިތުނަވެރި ވާހަކަތަކަށް ބީރު ކަންފަތް ދެއްވައިގެނެވެ.

    އިގްތިސާދު ފުޅާވެ ދަރަނިތައް މެނޭޖްކުރެވި އުފާވެރި ޖަޒީރާ ރާއްޖެއެއް ހޯއްދަވައި ދެއްވާތަން ފެނި ވެރިކަމަށް ދަހިލަވާ ކޮންމެ މީހަކު ހަސަދަވެރި ވާނެއެވެ. އާހިރުގައި ރައީސް ސާލިހު ފަސޭހަ ކަމާއެކު ދެވަނަ ދައުރެއް ކާމިޔާބު ކުރުމުގެ ރެކޯޑް ފުރަތަމަ ފަހަރަށް ގާއިމު ކުރެއްވުން ނުކުރެއްވުމަށް ވުރެ ގާތެވެ.

    ]]>
    Thu, 01 Dec 2022 14:42:56 +0500 ހީރަސް
    އަމްރާ އެކު އެސްޓީއޯ: އެންމެ ކާމިޔަބު ހަތަރު އަހަރު https://heerasnews.com/756 https://heerasnews.com/756 އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރކަމާ ހުސައިން އަމްރު ހަވާލުވެ ވަޑައިގެންތާ މި ފުރުނީ ހަތަރު އަހަރެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި ހޭދަވެގެން ދިޔަ ކާމިޔާބު ހަތަރު އަހަރުގެ އެންމެ ބޮޑު އެއް ބައިވެރިއަކީ އެސްޓީއޯއެވެ. މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ ދުރު ވިސްނުންފުޅާ ކާމިޔާބު މަސައްކަތްޕުޅާ ގުޅިފައިވަނީ އެސްޓީއޯގެ ޓީމްވޯކެވެ. ހުޝިޔާރު ކައްޕިއެއްގެ މާލިމީކަމުގައި އެސްޓީއޯ ހޯދާފައިނީ އެ ކުންފުނީގެ ތާރީހުގައި ވެސް ހޯދިފައި ނުވާވަރުގެ ބޮޑު ކުރިއެރުމެކެވެ. ވަކި ދާއިރާ އަކުންނޫނެވެ. ހުރިހާ ދާއިރާއަކުންނެވެ. އެސްޓީއޯގެ ހުރިހާ ގުނަންތަކަށް ހަރަކާތްތެރި ކަމާއި ހީވާގިކަން އިހުނަށްވުރެ ބޮޑުވެގެން ދިޔައީ ހުސައިން އަމްރުގެ ހިކުމަތްތެރި ލީޑަރ ޝިޕްގެ ސަބަބުންނެވެ.

    ރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ދާއިމީ ކަސްޓަމަރުންގެ އިތުބާރު އެސްޓީއޯއަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ލިބިގެން ހިގައްޖެއެވެ. ކުންފުނީގެ ފައިދާ އެއްކުއާޓަރ އިން އަނެއް ކުއާޓަރއަށް ބޮޑުތަނުން ބޮޑުވެގެން ހިގައްޖެއެވެ. ހިންގުމުގެ ހަރަދު އިންތިހާއަށް ކުޑަވެ މުއައްޒަފުންގެ އުފެއްދުންތެރިކަމުގެ ނިސްބަތް އެތައް ގުނައަކަށް އިތުރު ވެގެން ހިގައްޖެއެވެ. މުޅި ރާއްޖޭގެ ރައްޔިތުންގެ ފުޑް ސެކިއުރިޓީ ކަށަވަރު ކޮށްދީ ދަތިކަމެއް އުދަގުލެއް އުފުލަން ނުޖެހޭނެހެން ރައްޔިތުމީހާގެ ބަޑަހަގެއަށް ކާޑުގެ ބާވަތައް ފޯރުކޮށް ދިނުމުގައި އެސްޓީއޯވަނީ ކުރިއެރުން ހޯދާފައެވެ.

    މުޅި ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ބޭނުން ވަރަކަށް ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު އަތްފޯރާފަށަށް ވަނީ ފޯރުކޮށް ދެވިފައެވެ. ރައްޔިތުންގެ ސިއްހަތު ސަލާމަތްކޮށް ދުޅަހެޔޮ ސިއްހީ ވެއްޓެއް ގާއިމުކުރުމަށް ބޭނުންވާ ބޭހާއި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ ތަފާތު އެތައް ބާވަތެއް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ ފަސޭހަ އިންތިޒާމް ގާއިމުކޮށް ދެމެހެއްޓުމުގައި އެސްޓީއޯ އެންމެ ފިޔަވަޅެއް ފަހަތަށް ނާޅާ ދަތުރުކުރީ ބާރަށް ކުރިއަށެވެ.

    ކޮވިޑްގެ ދަތި ހާލަތުގައި ކުންފުނި އިނދަޖެހުނަ ނުދެއްވާ ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެލާއި އެނޫންވެސް އަސާސީ އެއްވެސް ވަސީލަތަކަށް އެއްވެސް ބުރުލެއް އެރިއަކަ ނުދެއެވެ. އިހުލާސްތެރި ބުރަ މަސައްކަތްތަކެއް ކޮށް ގައުމު އާންމު ހާލަތަކަށް ގެނައުމުގައި އެސްޓީއޯ ވަނީ ނަމޫނާ ދައްކާފައެވެ.

    ހުސައިން އަމްރުގެ ލީޑަރޝިޕްގެ ދަށުގައި ވޭތުވެ ދިޔަ ހަތަރު އަހަރު އެސްޓީއޯއިން އަދާކުރި އިޖުތިމާއީ ޒިންމާގެ ވާހަކަ ދައްކާ ކޮޅުން ނުލާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތައުލީމާ ތަރުބިއްޔަތާ ހުނަރުވެރިކަން އިތުރު ކުރުމަށް ހިންގި އެތައް ސަތޭކަ ހަރަކާތެއްގައި އެސްޓީއޯއިން ބޮޑު ހިއްސާއެއްވެ އެ ހަރަކާތްތައް ކާމިޔާބު ހަރަކާތްތަކަށް ވަނީ ހަދާ ދީފައެވެ.

    އެސްޓީއޯ އަކީ ނަފާވެރި ހިދުމަތްތެރި ރަހުމަތްތެރި އެކުވެރި ކުންފުންޏެކެވެ. އެސްޓީއޯއަށް ހަގީގީ އެ ސިފަ ގެނެސް ދެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރެވެ. ރައްޔިތުންގެ ލޯތްބާ އިތުބާރު އެސްޓީއޯއަށް ހޯއްދަވާ ދެއްވީ ހުސައިން އަމްރެވެ. އެސްޓީއޯގެ އެކިއެކި ގުނަވަންތަކުގައި އެކި ހިސާބުގައި ތިބި ހުރިހާ މުއައްޒަފުންނަކީ އެއް އާއިލާއެއްގެ ގޮތުގައި ހުސައިން އަމްރު ވަނީ ހައްދަވާ ދެއްވާފައެވެ.

    މުއައްޒިފުންގެ ހަކަތަ އިތުރުވެ ބަދަހި އާއިލާއެއްގެ ގޮތުގައި ފުރިހަމަ އިނާޔަތާ ރައްކާތެރި ކަމުގައި އަޅާލާ ކުލުވެރި ވެއްޓަކަށް މުޅި އެސްޓީއޯ ހެއްދެވި ލީޑަރަކީ ހުސައިން އަމްރެވެ. އެސްޓީއޯގެ ހުރިހާ މުއައްޒަފުންގެ ލޯތްބާއި ކުރުނީސް ހުސައިން އަމްރަށް މެދުނުކެނޑި އޮހެމުން ދަނީ ކާމިޔާބު ހަތަރު އަހަރުގެ އުފަލާ ހިތް ހަމަޖެހުމާ އެކުގައެވެ.

    ]]>
    Wed, 30 Nov 2022 23:25:32 +0500 ހީރަސް
    ސްކޫލަކަށް ބޮމުގެ ހަމަލާއެއް ދީ 15 ކުއްޖަކު މަރާލައިފި. https://heerasnews.com/755 https://heerasnews.com/755 އަފްގާނިސްތާނުގެ އުތުރުގައި އޮންނަ ސަމަރުގަންދު ޕްރޮވިންސްގެ ވެރިރަށް އަޔުބަކްގެ ދީނީ މަދަރުސާއަކަށް ބޮމުގެ ހަމަލާއެއް މިއަދު ދީ 15 ކުއްޖަކު މަރާލައިފިއެވެ.  ޕްރޮވިންސްގެ ސުޕޯކްސް ޕާސަން އެމްދާދުﷲ މުހާޖިރު ބުނެފައިވަނީ މި ބާރު ގަދަ ގޮވުމުގެ ސަބަބުން އިތުރު 20 މީހަކު ޒަހަމްވެ އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާގެ ތަހުގީގުތައް ފެށިގެން ކުރިއަށް ދާ ކަމަށެވެ. އަދި މި ހަމަލާ ދީފާވަނީ މި އަދުގެ 12.45 ހާއިރު އެ މަދުރަސާގައި އެންމެ ކުދިން ގިނަ ވަގުތާއި ދިމާ ކޮއްފައި ކަމަށާއި މި މަދުރަސާގައި ކިޔަވަމުންދަނީ ހުސް ފިރިހެންކުދިން ކަމަށް މުހާޖިރު ފާހަގަކުރިއެވެ.

    ފެޑެރަލް އިންޓީރިއާ މިނިސްޓްރީގެ ސްޕޯކްސްޕާސަން އަބުދުލްނާފީ ޓަކޯރު ވިދާޅުވެފައިވަނީ މި ހަމަލާގައި 10 ގެ މަރު ކަށަވަރުވެއްޖެ ކަމަށެވެ. އަދި މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި ނޫފުލައެވެ. "ފެޑެރަލް ޑިޕާޓްމެންޓުގެ ޑިޓެކްޓިވުންނާއި ސިކިއުރިޓީ ފޯސްއިން މި ހަމަލާގެ ފަހަތުގައިވާ މުޖިރިމުންތައް ހޯދާ ހިފާ ހައްޔަރު ކުރާނެ ކަމަށާއި އިންސާފުގެ ކުރިމައްޗަށް ވަރަށް އަވަހަށް ހާޒިރު ކުރެވޭނެ" ކަމަށް ޓަކޯރު ވިދާޅުވިއެވެ.


    އަފްގާނިސްތާނުގެ ވެރިކަން ކުރާ ރަށް ކާބުލް އާއި 200 ކިލޯ މީޓަރު ދުރުގައި އޮންނަ ސަމަރުގަންދުގެ ވެރިރަށް އަޔަބަކްގެ ކެޝުއަލިޓީ ޑޮކްޓަރު ޕާސާ ވިދާޅުވީ ހޮސްޕިޓަލަށް ގެނެވުނީ ހުސް ތުއްތު ޅަކުދިން ކަމަށެވެ. ސޯސަލް މީޑިޔާގައި ދައުރުވާ ވީޑިއޯތަކުން ބޮން ގޮވުމުގެ ސަބަބުން ކުޑި ކުޑިވެގެން ގޮސްފައިވާ އިންސާނުންގެ ބައިތައް ހޮވާ މަންޒަރުތައް ފެނެއެވެ.

    ތޮލިބާނު ސަރުކާރުން ބުނަމުން ދަނީ ހަގުރާމައިގެ ސަބަބުން ފަނާވެފައިވާ ގައުމު ބިނާ ކުރުމަށް މަސައްކަތް ކުރަމުން ދާއިރު ހަގުރާމަވެރި ޖަމާއަތްތަކާއި ގުރޫޕްތަކުގެ ހަރަކާތްތައް ހުއްޓުވާ އެ މީހުންގެ ބާރު ކަޑުވަމުން އަންނަކަމަށެވެ. ނަމަވެސް ވޭތުވެ ދިޔަ މަސްތަކުގެ ތެރޭގައި އައިސިސްގެ ގޮތްޕެއް ކަމަށްވާ އައިސިލްއިންވަނީ އަފުގާނިސްތާނުގެ އެކި ހިސާބުތަކުގައި ބޮމުގެ ހަމަލާތައް ދީފައެވެ. އެމެރިކާ ސިފައިން ފޭބުމުން އަފްގާނިސްތާނަށް ހަމަޖެހުން ލިބޭނެ ކަމަށް ކުރިން ހީކުރެވުނު ނަމަވެސް ހާލަތު އިތުރަށް ރަގަޅު ވަމުން އަންނަތަން ނުފެންނަކަމަށް ނޫސްތަކުން ބުނެއެވެ.

    ]]>
    Wed, 30 Nov 2022 21:47:03 +0500 ހީރަސް
    ޔޫސުފް ނައީމް ޖެހިމަޅިން ނުނެއްޓެވި ޔާމީނު ޖަލަށް https://heerasnews.com/754 https://heerasnews.com/754 ދަނޑުވެރިކަމަށް ކަނޑައަޅާފައިވާ ފަޅުރަށް ތަކަކީ ފިޝަރީޒް މިނިސްޓްރީގެ އިހުތިސާސްގައި އޮންނަ ތަންތަނެވެ. އެފަދަ ފަޅުރަށެއް ފަތުރުވެރި ކަމުގެ ރަށެއް ގޮތުގައި ކަނޑައެޅުމުގެ ގާނޫނީ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެންކަމުން ޓޫރިޒަމް މިނިސްޓްރީން ހަދާ އެއްވެސް އުސޫލަކީ ރައީސުލްޖުމްހޫރިއްޔާގެ ރުހުން ނެތި ތަންފީޒު ކުރެވޭނެ އުސޫލެއް ނޫނެވެ. މަޖިލީހުން ފާސްކުރާ ގާނޫނެއް ވެސް ގާނޫނަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުންނެވެ.

    2013 ގެ ނޮވެމްބަރ 17 އިން ފެށިގެން 2018ގެ ނޮވެންބަރ 17 އަށް ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ އަބްދުﷲ ޔާމީނު އަބްދުލްގައްޔޫމެވެ. އަހުމަދު އަދީބެއް ނޫނެވެ. ރައީސް ޔާމީނު ވެރިކަމަށް އިސްވެ ވަޑައިގަތީއްސުރެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އަހުމަދު އަދީބު އިސްކުރައްވަން ދެން އަހުމަދު އަދީބަކީ ރައީސް ޔާމީނުގެ ޓޫރިޒަމް މިނިސްޓަރެވެ. މިނިސްޓަރުން އައްޔަނު ކުރުމާ ވަކިކުރުމުގެ ބާރު އޮންނަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ. މިނިސްޓަރަކަށް އުސޫލެއް ހަދާ ހިންގޭނީ ރައީސްގެ ރުހުން އޮވެގެންނެވެ. އެ އުސޫލެއް ނުހުއްޓި ތަންފީޒު ވަމުން ދާނީ ރައީސުލްޖުމްހޫރިއްޔާގެ ރުހުން އޮތީމައެވެ. ރައީސުލްޖުމްހޫރިއްޔާގެ ރުހުން ނެތް އުސޫލެއް އެއްވެސް މިނިސްޓްރީ އަކުން ނުހިންގޭނެއެވެ. ނުވެސް ހިނގާނެއެވެ. ހުއްޓުވާނެއެވެ. ވ. އާރަށް ދަނޑުވެރި ކަމުން ޓޫރިޒަމަށް ބަދަލުކޮށް ކުއްޔަށް ދިނީ އަދީބު ހެދި އުސޫލެއްގެ ދަށުން ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ރެކިވަޑައި ގަނެވޭނެ ޖާގައެއް އެހެން ކަމުން ނުއޮންނާނެއެވެ.

    ވ. އާރަށުގެ މުއާމަލާތު ހިންގާފައި ހުރި ގޮތަށް ވަކި އަތަކަށް ބުރަނުވެ ވިސްނާލުމުން މަންޒަރު ސާފުވެއެވެ. ވ. އާރަށުގެ އެކްއިޒިޝަން އަގަކަށް ފުރަތަމަ ހުށަހެޅުނީ 5 މިލިޔަން ޑޮލަރެވެ. ހުށަހެޅުނު 5 މިލިޔަން ޑޮލަރ 3 މިލިޔަނަށް ތިރި ކުރިކަމަށް އަދީބާއި ޒިޔަތު ބުނެއެވެ. އަދީބާ ޒިޔަތަކީ ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ގުޅުންހުރި ވިޔަފާރިތަކާއި އެ ނޫން ވެސް ޓޫރިޒަމްގެ މަސްލަހަތު ހުރި ހުރިހާ ކަމެއް ކުރުމަށް ރައީސް ޔާމީނު އިސްކޮށްފައި ތިބި ދެ މީހުންނެވެ. އެ ދެ މީހުންގެ ބަސްނެތި ރައީސް ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމާ ގުޅިގެން ސަރުކާރުން ހިންގާފައިވާ އެއްވެސް މުއާމަލާތަކާއި ކަންކަން ހިނގާފައިވާ ގޮތެއް ސާފު ނުވާނެކަން ޔަގީނެވެ. އެ ދެ މީހުން ފާސިގުންނަށް ނުވަނީ އެހެން ވެގެނެވެ.

    5 މިލިޔަނުން ތިން މިލިޔަނަށް ވ. އާރަށުގެ އިކްއިޒިޝަން ކޯސްޓް ތިރި ކުރިކަން އެގެން އޮތަސް ދެ މިލިޔަނަށް އެއަގު ތިރިކުރިކަން އެނގޭ އެއްވެސް ހެއްކެއް ގަރީނާއެއް ފެންނަން ނެތް އިރު އެމްއެމްޕީއާރުސީއަށް ލިބުނީ 2 މިލިޔަން ޑޮލަރެވެ. ޔޫސުފް ނައީމްގެ ކުންފުންޏަށް ވ. އާރަށް ހަވާލުކޮށް ވިޔާފާރި ނިމުނު އިރު އަގުގެ ގޮތުގައި ހަމަ ޖެއްސި 3 މިލިޔަނުން އެއް މިލިޔަން ޑޮލަރަށް ވީގޮތެއް ނޭގެއެވެ. ދެ ވަނަ ފަހަރަށް އަގު ތިރިކޮށް 2 މިލިޔަން ޑޮލަރަށް އަގު ހެދިކަމުގެ އެއްވެސް ލިޔެކިޔުމެއް އެއްބަސްވުމެއް ދެ ފަރާތުން ކުރެ ފަރާތެއްގައި ނެތެވެ. ވ. އާރަށުގެ އިކްޒިޝަންގެ ގޮތުގައި އެމްއެމްޕީއާރުސީއަށް ޔޫސުފް ނައީމް ދެއްކި 2 މިލިޔަން ޑޮލަރާ އެކުއެކީ ޔޫސުފް ނައީމްގެ އެކައުންޓުން ރައީސް ޔާމީނުގެ އެކައުންޓަށް އެއްމިލިޔަން ޑޮލަރު ޖަމާކޮށްފައި ވާކަން ސާބިތެވެ. ޔޫސުފްނައީމްގެ އެކައުންޓުން ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި އެއްމިލިޔަން ޑޮލަރަކީ ވ. އާރަށުގެ އިކްއިޒިޝަން ކޯސްޓްގެ ގޮތުގައި ކަނޑައެޅި 3 މިލިޔަނުން އެއް މިލޔަން ކަމަށް ތުހުމަތު ކުރެވެނީ އެހެން ވެގެނެވެ. 

    ރައީސް ޔާމީނުގެ އެކައުންޓަށް ޔޫސުފް ނައީމު ޖަމާކުރި އެއް މިލޔަން ޑޮލަރަކީ ވ. އާރަށް ކުއްޔަށް ދިނުމާ އެއްވެސް ގުޅުމެއް ނެތް ފައިސާއެއް ކަމަށް ރައީސް ޔާމީނު އެބަ ވިދާޅުވެއެވެ. ހަމަ އެހެންމެ ސަރުކާރުން ވ. އާރަށް ޓޫރިޒަމަށް ކުއްޔަށް ހިފުމުގެ މުއާމަލާތު ޔޫސުފް ނައީމްގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކުން ހިންގަމުން ދަނިކޮށް ޔޫސުފް ނައީމާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮލަރު ބައްލަވައި ގަތުމުގެ މުއާމަލާތެއް ހިންގެވި ކަމަށް ރައީސް ޔާމީނު އެއްބަސްވެ ވަޑައިގަނެއެވެ.

    ސަރުކާރާ އެކު މާލީ މަސްލަހަތެއް އޮތް އެއްވެސް ފަރާތަކާ މާލީ މުއާމަލާތެއް ހިންގުން ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހަކަށް ގާނޫނު އަސާސީ މަނާ ކުރެއެވެ. އަނެއް ކޮޅުން ބޭރު ފައިސާ ވިއްކުމަކީ އެ ކަމަށް މަނިޓަރީ އޮތޯރިޓީން ހާއްސަ ހުއްދައެއް ދީފައިވާ ފަރާތަކަށް ނޫނީ ކުރުން ގާނޫނު މަނާކުރާ ކަމެކެވެ. ގާނޫނާ ހިލާފަށް ޔޫސުފް ނައީމް އަތުން ރައީސް ޔާމީނު ޑޮލަރ ބައްލަވައިގެން ގަތުމަކީ ރައީސް ޔާމީނު ކުރެއްވި ކުށެކެވެ. އެހާ ވަރުން ދަންޏާ ޔޫސުފް ނައީމް ޖެހި މަޅިން ނުނެއްޓެވިގެން ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އަނެއްކާ ވެސް ޖަލަށް ވަޑައި ގަންނަވާށެވެ.

    ]]>
    Wed, 30 Nov 2022 16:05:13 +0500 ހީރަސް
    ސްރީލަންކާގެ އިގުތިސާދު އަދިވެސް އޮތީ ނުރައްކަލުގަ! https://heerasnews.com/753 https://heerasnews.com/753 މިދިޔަ މަހު ނެރުރުނު ދުނިޔޭގެ މާލީ އިދާރާތަކުގެ ރިވިއުގައި ބުނެފާވަނީ ސްރީލަންކާ އަދިވެސް އޮތީ މާލީގޮތުން ވަރަށް ނުރައްކާތެރި ދަތި ހާލަތެއްގާ ކަމަށެވެ. ގައުމުގައި ސިޔާސީ ހަމަޖެހުން ނެތުމާއި ފާއިސާގެ އަގު ދައްވުމާއި ފޮރިން ކަރަންސީ ރިޒާވް މަދުވުމާއި ބޭރާއި އެތެރޭގެ ދަރަނި ދެއްކުމަށް އަދިވެސް ދަތިވުމަކީ އިގުތިސާދު ރަގަޅުވާން އޮތް ހުރަސް ތަކެކެވެ.

    ސްރީލަންކާގެ ސަރުކާރުން ފިސްކަލް ކޮންސަލިޑޭޝަން އިން ކުރި އެރުން ތަކެއް ވަނީ ހޯދާފައެވެ. އަދި ދަރަނިތައް ދަނީ ރީސްޓްރަކްޗަރ ކުރަމުންނެވެ. އަދި މާލީ ދާއިރާއަށް ކުރިއެރުން ލިބޭނޭ ޕޮލިސީތައް ވަނީ އިޕްލިމެންޓް ކޮއްފައެވެ. މަނިޓަރީ ޕޮލިސީ ތާށިކޮށްފައި އޮތް އޮތުމުގެ ސަބަބުން އިންފްލޭޝަން ދަނީ ހައްތާވެސް މައްޗަށެވެ. ހަރުކަށި ފިޔަވަޅު ތަކުގެ ސަބަބުން މި އަހަރުގެ މިޑްޓާރމްގެ ހިސާބު ތަކުން ފިސްކަލް ޑެފިސިޓް ދައްވާ ކަމަށް ދައްކައެވެ. އިންޕޯޓުކުރާ މުދާ އެތެރެކުރުން މަދުކުރުމަށް އެޅި ހަރުކަށި ފިޔަވަޅު ތަކުން ކަރަންޓް އެކައުންޓް ޑެފިސިޓް އަންނަނީ މަޑުމަޑުން ދައްވަމުންނެވެ. 2023ގައި ވެސް ސްރީލަންކާއަށް ބޭރުގެ ހިލޭ އެހީ ވަރަށް ބޮޑަށް ހޯދަން ޖެހެއެވެ. ސަބަބަކީ ފަގީރުކަމާއި ބަނޑުހައި ހޫނުކަން ގައުމުގެ 25 ޕަސަންޓް މީހުންނަށް ތަހަންމަލް ކުރަން ޖެހޭނެތީއެވެ. އަދި މާލީ އިދާރާ ތަކުން ލަފާކުރަނީ ކުރިއަށް އޮތް ދެތިން ހަތަރު އަހަރަކާއި ހަމައަށް ވެސް މި ދަތިތައް ތަހަންމަލް ކުރަން ޖެހިދާނެ ކަމަށެވެ.

    ސްރީލަންކާ މާލީ ދަތިކަމުން އަރައިގަތުން ލަސްވަމުންދާ ކަންކަމުގެ ތެރޭގައި ޑެބިޓް ރީސްޓްރަކްޗަރ ކުރުން ލަސްކުރުމާއި ބޭރު ގައުމުތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮއްދިނުން މަދުވުމާއި ގައުމު ވެއްޓުނު މާލީ އަނދަވަޅުން އަރައިގަތުމުގެ ރިކަވަރީ ލަސްވުން ހިމެނެއެވެ. ސްރީލަންކާ މާލީ ދަތިތަކުން އަރައިގަތުމަށް ކުރެވެމުންދާ ކަންކަމުގެ ފައިދާ ވެސް އަންނަނީ ކޮންމެވެސް ވަރަކަށް ކުރަމުންނެވެ. އެ ގޮތުން ބޭރުގެ ފައިނޭންސިއަލް މާކެޓް ތަކަށްވަނުމަށް ކުރެވޭ މަސައްކަތުން ކެޕިޓަލް އިންވެސްޓްމަންޓްތައް ކުރާ ތަންތަނުގެ އެޓްރޭކްޝަން އަންނަނީ ލިބެމުންނެވެ. ރަގަޅު މަނިޓަރީ ރިފޯމް ޕޮލިސީއާއި ޑެބިޓް ރީސްޓަކްޓަރ ކުރުމާއި މައިކްރޯ އެކޮނޮމިކްސްގެ އިންބެލެންސް ކުޑަކުރުމާއި އެންޕްލޮއިމެންޓް އިންޑަސްޓްރީ ފުޅާކުރުމަށް ފިޔަވަޅުތައް އެޅުމަކީ ބޭރުގެ އިންވެސްޓަރުންގެ ސަމާލުކަން ލަންކާއަށް ލިބެމުންދާ ކަންކަމެވެ.

    ސްރީލަންކާއަށް ބޭރުފައިސާ ވެއްދުމަށް ޓޫރިޒަމް އިންޑަސްޓްރީ ދަނީ ފުޅާކޮށް ފަތުރުވެރިން ގެނެވޭނެ އިތުރު މަސައްކަތް ކުރަމުންނެވެ. އަދި ސްރީލަންކާގެ ރައްޔިތުން ބޭރު ގައުމުތަކަށް ވަޒީފާތަކަށް ދެވޭނެ އުސޫލުތައް ފަސޭހަކޮށް ބޭރުން އެތެރެކުރާ ރެމިޓެންސް ފައިސާތަކަށް ރަގަޅު އަގެއް ލިބޭނެ ގޮތްތައް ދަނީ ހަދަމުންނެވެ.

    2019 ގައި ރަސްމީ ރިޒާވް 7.6 ބިލިއަން ޑޮލަރަށް ވެއްޓުނެވެ. 2020ގައި ދުނިޔެއަށް ކުރިމަތިވި ކޮވިޑް 19 ގެ ސަބަބުނާއި އަދި ޗައިނާގެ ދަރަނިތައް އަދާކުރުމަށް 1.5 ބިލިއަން ޑޮލަރު ހަރަދުކުރަން ޖެހުމުން ރަސްމީ ރިޒާވް 400 މިލިއަން ޑޮލަރަށް ދައްވިއެވެ. ގައުމީ ދަރަނި 5.9 ބިލިއަން ޑޮލަރަށް މައްޗަށް އެރިއެވެ. ބޭރުފައިސާގެ ރިޒާވް ނެތުމުގެ ސަބަބުން ޖޫން 2022 ފެށިގެން ތެލާއި ގޭހާއި ބޭސް އެތެރެކުރުމަށް ދައްކާނެ ފައިސާ ހުސްވިއެވެ. މިއަހަރު އޭޕްރީލް މަހުގެ ތެރޭގައި ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނިކުމެ ހަޅުތާލުތައް ފެށީ ލަންކާގެ އިގްތިސާދު ހަލާކުވެ ގައުމު ބަގުރޫޓްވިކަން ލައްކާ ސަރުކާރުން އިއުލާނުކޮށް ތެލާއި ގޭހާއި ބޭހަށް ޖެހުމުންނެވެ. ރައްޔިތުން ނުކުމެ ކުރި ހަޅުތާލުތަކުގެ ސަބަބުން އޭރު ވެރިކަމުގައި ހުންނެވި ބޮޑުވަޒީރު މަހިންދާ ރާޖަޕަކްޝާ އާއި ކެބިނެޓް އިސްތިއުފާ ދޭންޖެހުނެވެ. ފަހުން ސްރީލްންކާގެ ރައީސް ކަމުގައި ހުންނެވި ގޯތާބަޔަރ ރާޖަޕަކްޝާވެސް އިސްތިއުފާ ދެއްވިއެވެ. މިވަގުތު ސްރީލަންކާގެ ރައީސް ކަމުގައި ހުންނެވީ ރަނިލް ވިކުރަމަ ސިންހާއެވެ.

    ]]>
    Tue, 29 Nov 2022 19:03:16 +0500 ހީރަސް
    މީކާއީލް ވެސް ކުއްލިޔަކަށް އެވީ ބޯވަޔަކަށް https://heerasnews.com/752 https://heerasnews.com/752 އިއްޔެއާއި ހަމައަށް ރަނެއް މަލެއް ފަދަ މީކައީލު ނަސީމް މިއަދު އެއޮށްވީ ބޯވަ އަކަށެވެ. ނަޝީދު ކިޔާހާ ލަވައަކަށް ނުނަށާ ކޮންމެ މީހަކީ ބޯވައެކެވެ. އެހިސާބުން އެމީހަކު އެހުރީ ވިކިފައެވެ. އެ މީހަކު އެ ހުރީ ވަޒީފާއެއްގެ ދަށުވެފައެވެ. ބިޑެއްގެ ދަށުވެފައެވެ. ލާރިގަނޑެއް ނުހައްގުން ކާލައިގެނެވެ. ނަޝީދު ކަލްޓުން މީހުން ވަޒަން ކުރަނީ މި މޭރުމުންނެވެ.

    ނަޝީދަށް ތާއީދުކޮށް ނަޝީދަށް ސަނާކިޔާ މީހަކީ ކިލައެއް މިލައެއްނެތް ޖަވާހިރެވެ. ކިތަންމެ ބޮޑު ގޯސްތަކެއް ހަދާފައި ހުއްޓަސް ނަޝީދުގެ ވިސްނުމާ އެއްގޮތަށް އެނބުރޭ ކޮންމެ ބުމަރަކީ އެހާމެ މައުސޫމު ހަޑިކަމެއް ނެތް މަލުމަލު ހުދު ފޮތްޗެވެ. ޕާޓީގެ ވިޕްލައިނަށް ބޯލަނބާ ބަޖެޓަށް ވޯޓު ދިނުމުން އެ އޮށްފަދަ މީކައީލް ނަސީމަށް ވެސް އެ ޖެހުނީ ފުޅަނގީގެ ހާލެވެ.

    ނަޝީދު އެޅިހާ ބަތަކަށް ރިހަވެން އުޅޭތީ އަލީ އާޒިމަކީ މި ވަގުތު ގައުމީ ބަތޮލެކެވެ. ދަބަހުގައި ކާރުގެ ޑިކީއަށް އެމްއެމްޕީއާރުސީގެ ފައިސާ އަޅައިގެން އުފުލި ކަމަކަށް ނުވެއެވެ. ޑީއާރުޕީ ފުޑާލާފައި އެމްޑީޕީ ފުނޑާލަން އައި ކަމަކަށް ވެސް ނުވެއެވެ. މިއަދު އަލީ އާޒިމަކީ ހުރި ގޮތަށް ހުރި ސިއްދީގެކެވެ. އަނެއް ކޮޅުން މާލެ ސިޓީ މޭޔަރު ކަމުގައި ހުރެ ޝިފާ މެޑަމް ފާޅުކަން ބޮޑު ހެކިތަކާ އެކު ހިންގި ޖަރީމާއެއް ވެސް އަމްދުން އޮތް ކަމަކަށް ނުވިއެވެ. 

    ޔޫތު މިނިސްޓަރ ކަމުގައި ހުރެ ހަސަން ލަތީފު މިލިޔަން މިލިޔަނުން ކޮރަޕްޝަން ހިންގި ކަމަކަށް ނުވެއެވެ. ބޮންޑާ ފުއްގިރި ވަގު ޑީލުގައި ލޯލާރިއެއް ވެސް ހޯދި ކަމަކަށް ނުވެއެވެ. ޔާމީނު ސަރުކާރުން ބައި އަޅައިގެން އީވާގެ ފިރިކަލުން ލިފްޓްގެ ޑީލް ހެދިކަމަކަށް ވެސް ނުވެއެވެ. މުސްތަފާބެ ވަގަށް ކަހަނބުފަތާ އެންދެރިޔާ މިޔަރު އުރަހަ ބޭރުކުރި ކަމަކަށް މިހާރަކު ނުވެއެވެ.

    ލެޕްޓޮޕް ކުރިމަތީ ސިއްޕެ އަތުބުރުޖެހި ކަމަކަށް ވެސް މިހާރަކު ނުވެއެވެ. އާއިލީ މަސްލަހަތު އޮތް ރިސޯޓެއް ބާރާ ނުފޫޒުން އިމްތިޔާޒް ފަހުމީ ހޯދައިދިން ކަމަކަށް ނުވެއެވެ. ކޮއްކޯފުޅު އަލަމްގިރީގެ އަނތްބަކަށް ވުމަކީ މައްސަލައަކަށް ނުވެއެވެ. ހިޔަލީ ރަޝީދާއި ވިލުފުށި އަފީފްގެ މަސްލަހަތު އޮތް ކުންފުންޏަށް ގަދަ ބަދަވި ނުފޫޒުން ކޮވިޑް ޓެސްޓްކިޓް ޑީލް ހޯދައިގެން ރައްޔިތުން ފެލުމުގައި ވިލުފުށި އަފިފާއި ހިތަދޫ އަރާއިރު ރަޝީދާ އުޅޭ ކަމަކަށް ނުވެއެވެ.

    އިލްޔާސް ލަބީބުއާއި އީވާގެ ފިރި ސާބެގެ ކުންފުންޏަށް އެގޮތް މިގޮތަށް ބިޑްތައް ކަހާލައިގެން ނާޖާއިޒު ފައިދާ ހެސްކިޔާފައި ނަގަމުން ދާކަމަކަށް ވެސް ވަނީއެއް ނޫނެވެ. ސަރުކާރު ތެރޭގައި ތިބެ ނަޝީދަށް ކަންފަހި ކޮށްދީ ސަރުކާރު ފެއިލް ކުރަން ރޭނިދި ނުނިދާ އުޅޭ އަޅުންގެ އަޅުން މުސާރަ ނަގައިގެން ކޮންމެ ފަދަ ޖަރީމާއެއް ހިންގިޔަސް އެ މީހަކީ ވަރަށް ގަދަ މީހެކެވެ. މިކަހަލަ ހައްސައެވެ. ރުހުމުގެ ލޯހުންނަނީ ކަނު ވެފައެވެ.

    އެކަމަކު ބުނަން ހެއްޔެވެ. މި ބުނެވުނު މީހުންގެ ތެރެއިން އެކަކުވެސް ނިކަން ލަވަ ބަދަލު ކޮށްލަ ބަލާށެވެ. ނުގޮވާ ކުނި ފުޅައެއް ނުކުރާ ނުބައިކަމެއް ނުއޮންނާނެއެވެ. ހުރި މައުސޫމުކަން ފިލާ ރަތް މަހަށް ނުގޮވާ އެއްޗެހި ގޮވާނެއެވެ. ނުވިތާކަށް ނިސްބަތްވާ ދަރި ފަސްކޮޅުގައި ވެސް މުޖުރިމަކު ނޫނީ ހުރިކަމަކަށް ނުވާނެއެވެ. 

    ރޮޒޭނާއާއި މަވޯޓާ ޝަރީފާއި ދެންވެސް ތިބި ބަޔަކު މިހާރު ކިޔާ ލަވަ އަނެއް ކޮޅަށް ކިޔަން ފަށާ ބަލާށެވެ. ފިސާރި ތެދުވެރި ފިސާރި ކެރޭ ކުންޏެއް ބުންޏެއް ނެތް ބަޔަކަށްވެ ސާފު ތާހިރު ބޯކިރު ފޮދަކަށް ވާކަށް ލަހެއް ފަހެއް ނުވާނެއެވެ. ބޯވަޔަކަށް ކުރަތްޕަކަށް ހިކަންޖަކަށް ނުވާނެއެވެ. ވިކުނު ކަމަކަށް ވަޒިފާގެ އަޅަކަށްވީ ކަމަކަށްވެސް ނުވާނެއެވެ.

    ހަމަތެދެކެވެ. މޭމަތީގައި ނަޝީދުގެ ފޮޓޯ ޖަހައިގެން މަގުމަތީގައި މުޒާހަރާ ކުރަމުން ދިޔައިރު ރޮޒޭނާ ވަރުގެ ކަނބަލެއް އުޑު ދަށުގައި ނެތެވެ. ޑޮނާޑު އާދަންފުޅު ނުފޫޒުން ގޯތި ބަދަލު ކުރި ކަމަކަށް ވެސް ނުވެއެވެ. ޑީއާރުޕީ ފުނޑާލާފައި އައިސް އެމްޑީޕީއަށް ވަނތް ބޯވައަކަށް ވެސް ނުވެއެވެ. ބޯޅަކިންކިރިމާ ބޮލުގައި ޖަހައިގެން ދެފުށުން ފިރުމާ ކޯޑިހައްދައިގެން ކެންޕޭނު ތަކަށް ގެންގޮސް ކަރުފަޅައިގެން ދާވަރަށް އަޑުލައްވަން ގެންގުޅުނު އިރު ރޮޒައިނާގެ ނެތް މޮޅުކަމެއް ނެތެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮ ވާހަކަ ރޮޒައިނާ މިހާރު ދައްކާތީ އެކަން ނަޝީދުގެ ގަބީލީ ވިސްނުމަކަށް ހަޖަމެއް ނުކުރެވެއެވެ.

    މީކާއީލް ނަސީމަށް ވެސް ވާނީ އެހެންތާއެވެ. ފިސާރި ހަން ބޯ ނުވެއްޖެއްޔާ ބަލިކަލޯ ހައްދާ ބޮލަށް ނާޅާނެ ތުޅައެއް ނުއޮންނާނެއެވެ. ރަންކޮޅާއެވެ. ނަޝީދަށް ވަފާތެރި ނޫން ކޮންމެ މީހަކީ ހޫނު ތެޔޮ ތާހަކަށް އެރިހުރި މީހަކަށް ހަދާލާނެއެވެ. ފިއްސާ ހަފުސް ކޮށްލާނެއެވެ. ނަޝީދާ ހަމައިން އެމްޑީޕީ ދުށް ބައެއް މީހުން ދެކޭ ގޮތުގައި އެމްޑީޕީއަކީ ނަޝީދަށް ރާއްޖޭގެ ވެރިކަން ހޯދާ ދީގެން ނަޝީދުގެ ވެރިކަން ދަމަހައްޓަން އުފެދިފައި އޮތް ނަޝީދުގެ ސަވާރީއެކެވެ. ވެރިކަމާ ނަޝީދާ ދޭތެރޭގައި އޮންނަ ބުރިޖެކެވެ. އެ ގޮތަށް ގަބުލުކުރާ ބަޔަކަށް އެމްޑީޕީގައި އެހެން މީހަކު ކިތަންމެ ރަނގަޅަށް ކުރާކަމެއް ވެސް ބަލައެއް ނުގަނެވޭނެއެވެ. އާނއެކެވެ. ގަބީލީ އެމްޑީޕީ އަހުލުނަށް އަދުލަކީ އިންސާފަކީ ހައްގަކީ ނަޝީދާއި ނަޝީދުގެ ގޮތެވެ. އެކަމަކު އެއީ މާޒީއެވެ.

    ]]>
    Tue, 29 Nov 2022 16:19:09 +0500 ހީރަސް
    ބަދަލުދޭން ޖެހުނު ސަބަބު މެދުވެރިކުރުވި ފަރާތަށް އޮތީ ކޮންގޮތެއް https://heerasnews.com/751 https://heerasnews.com/751 ހަމަ ޖެހިފައި އޮންނަ އުސޫލެއްގެ ތެރެއިން ގެއްލުމުގެ ބަދަލު ހަމަޖައްސައިދިނުން ނުވަތަ ގެއްލުމުގެ ބަދަލު ދިނުމަކީ ވަރަށްވެސް ބޭނުންތެރި މުހިންމު ކަމެކެވެ. ކުރެވޭ މުއާމަލާތުގެ އިތުބާރު ބޮޑުވެގެން ދާނެކަމެކެވެ. ދެފަރާތުގެ މަސްލަހަތުތައް ހިމާޔަތް ކުރެވޭނެ ކަމެކެވެ.

    ގެއްލުމުގެ ބަދަލު ދިނުމުގައި ލިޔެ ބަޔާންވެފައި އުސޫލެއް އޮތުމުން ދެފަރާތަށް ލިބޭ ގެއްލުން ކުޑަ ވެގެންދާނެއެވެ. ގާނޫނާއި، ގަވާއިދާއި، އާންމުކޮށް އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް ހަމަހަމަކަމެއް އިންސާފުވެރިކަމެއް ނެތި، ވަކި ފަރާތަކަށް އަމާޒުކޮށްގެން ގަސްދުގައި ކުރެވޭ ނޭއްގާނި ކަންކަން ކުރުމުގެ މަގު ބޮޑުތަނުން ހަނިކޮށް ލެވޭނެއެވެ. އުސޫލުން ބޭރުން ވަކިގޮތަކަށް އަމަލުކޮށްގެން ގެއްލޭ ފުރުސަތުތަކާއި މާލީ ގެއްލުމަށް އަދުލުވެރިކަމާއި ހާމަކަމާއެކު ދައުލަތުން އުފުލަންޖެހޭ ޒިންމާ ދައުލަތުން އުފުލާނެކަން ކަށަވަރު ވެގެން ދާނެއެވެ. ހަމަ އެހެންމެ އުފުލަންޖެހޭ މާލީ ބުރަ ކުޑަކުރުމަށް ބަދަލު ދިނުމުގެ އުސޫލެއް ގާއިމުކުރެވިފައި އޮތުމުގެ މުހިންމުކަން ވަކީން ބޮޑެވެ.

    އެއްބަސް ވުމެއްގައި ވަކި މުއްދަތެއްގައި ވަކިގޮތަކަށް ކުރަން ބަޔާންކުރެވިފައި ހުންނަ ކަންކަން އެގޮތަކަށް ނުކުރުމުން އިންތިހާ ދަރަޖައިގެ ގެއްލުން ލިބެނީ މަދެއްކޮށް ނޫނެވެ. ވަކިފަރާތަކަށް ކަމެއް ވިޔަ ނުދިނުމަށް ނުވަތަ ދަތިކުރުމަށް އަމާޒުކޮށްގެން އެއްބަސްވުމާ ހިލާފުވުމަކީ އާދައިގެ ކަމަކަށް މުޖުތަމައުގައިވަނީ ވެފައެވެ. އަމްދުން އާރާ ބާރުގައި ތިބެ ކުރެވެން ހުންނަކަންކަން ގަސްތުގައި ވަކިފަރާތަކަށް އަމާޒުކޮށް ކޮށްނުދިނުމާ ލަސްކޮށް ފަސްކުރުމަކީ އާއްމު ގޮތެއްގައި ހިނގާކަންކަމެވެ. އެފަދަ ކަންކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުމާދެރަ ލިބޭ ފަރާތްތައް އިންތިހާއަށް ގިނައެވެ. އެކަންކަމަށް ހައްލު ހޯދާ ދިނުމުގެ ގޮތުން ބަދަލު ދިނުމުގެ އުސޫލެއް ގާއިމުކޮށް ތަންފީޒު ކުރުމަކީ ގަސްތުގައި ހިންގާ ނޭއްގާނި ކަންކަމުން އަރައިގަތުމަށް ކޮށުނު އަލި މަގެކެވެ.

    ދައުލަތުން ބަދަލު ދިނުމުގެ އުސޫލެއް ގާއިމުކޮށް ހިންގަން ފަށާއިރު ސަބަބު މެދުވެރި ކުރުވި ފަރާތްތައް ޒިންމާދާރު ކުރުވުމުގެ ވާހަކަ ވެސް ދައްކަން ޖެހެއެވެ. ދައުލަތުން ގެއްލުމުގެ ބަދަލެއް ދޭން ޖެހޭނީ ދައުލަތުގެ ޒިންމާއެއް އަދާކުރުމާ ހަވާލުވެ ހުރި މީހަކު ގަސްދުގައި ކުރި ކަމެއް ނުވަތަ އިހުމާލެއްގެ ސަބަބުންނެވެ. ދައުލަތުން ގެއްލުމަކަށް ބަދަލެއް ދޭން ޖެހިއްޖެ ނަމަ އެ ކަމެއްގައި ސާމިލުވާ މީހަކު ނުވަތަ ބަޔަކު އެ މީހެއްގެ ސަބަބުން ދައުލަތަށް ލިބޭ ކޮންމެ ގެއްލުމެއްގައި ޒިންމާ އުފުލަން ނުޖެހޭ ނަމަ ހިތުހުރި ގޮތަކަށް ހިތުހުރި ކަމެއް ކުރަމުން ދާނެއެވެ. ގެއްލުމުގެ ބަދަލު ދިނުމުގެ އުސޫލެއް އޮތުމުގެ އެއްވެސް ބޭނުމެއް ނުއޮންނާނެއެވެ. ދައުލަތުން ގެއްލުމުގެ ބަދަލުދޭ އުސޫލެއް އޮންނަން ޖެހޭފަދައިން ބަދަލު ދޭން ޖެހުނު ސަބަބު މެދުވެރިކުރި ފަރާތްތަކުން އަމަލުކުރިގޮތުން ދައުލަތަށް ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދޭނެ އުސޫލެއް ވެސް އޮންނަން ޖެހެއެވެ.

    ]]>
    Tue, 29 Nov 2022 12:39:35 +0500 ހީރަސް
    އަންވަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާގެ ޕްރިޖެކްޓްތައް https://heerasnews.com/750 https://heerasnews.com/750 މެލޭޝިޔާގެ އިސްލާހީ ލީޑަރުކަމަށް މަޝްހޫރުވެފައިވާ ކުރީގެ ޑިޕިއުޓީ ޕްރައިމިނިސްޓަރ އަންވަރު އިބްރާހިމަށް މެލޭޝިޔާގެ ޕްރައިމިނިސްޓަރުކަން 24 އަހަރަށް ފަހު އަނެއްކާ ލިބިއްޖެއެވެ. މެލޭޝިޔާގައި ވޭތުވެދިޔަ ހަފްތާގައި ބޭއްވުނު ޕާލަމެންޓްރީ އިންތިޚާބުގައި އަންވަރު އިބްރާހިމްގެ ޕާޓީ "ޕަކަޓަން ހަރަޕަން" ކޯލިޝަނުން 82 ގޮޑި ކާމިޔާބުކުރިއެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސިންޕަލް މެޖޯރިޓީ 112 ގޮޑި  އެއްވެސް ޕާޓީ އަކަށް ނެގޭވަރެއް ނުވިއެވެ. ޕެރިކަން ނެޝަނަލިސްޓް ޕާޓީގެ ލީޑަރު ކުރީގެ ޕްރައި މިނިސްޓަރ މުހުއްޔަށްދީން ޔާސިންގެ ޕާޓީ އަށް ލިބިވަޑައިގަތީ 73 ގޮޑިއެވެ.

    މެލޭޝިޔާގައި ބޭއްވުނު އިންތިހާބުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް ހެދޭވަރަށް ގޮޑި ނުލިބޭތީ މެލޭޝިޔާގެ ރަސްގެފާނު ދެޕާޓީގެ ލީޑަރުންނާއި ވަކިވަކިން ބައްދަލުކުރައްވައި ގެންވެސް ގޮތެއް ނުނިމުމުން ސީދާ ރަސްގެފާނު ނިންމެވުމަކާއި އެކު ގުޅިފާވާ އަންވަރުގެ ކޯލިޝަންއަށް ސަރުކާރެއް އެކުލަވާލުމަށް ފުރުސަތުލިބިގެން ދިޔައެވެ.

    ގުޅިފާވާ ކޯލިޝަނުން ނިންމީ ޕްރައިމިނިސްޓަރުގެ މަގާމަށް އަންވަރު އިބްރާހިމްއަށް ފުރުސަތު ދިނުމަށެވެ. މިދިޔަ ބުރާސްފަތި ދުވަހު ޕްރައިމިނިސްޓަރު ކަމުގެ ހުވާ އަންވަރު އިބްރާހިމް ކުރެއްވީ މެލޭޝިޔާގެ ރަސްގެފާނު ސުލްތާން އަބްދުﷲ ސުލްތާން އަހުމަދު ޝާހު އޮފް ޕަހަންގ ގެ ކުރިފުޅުމަތީގައެވެ.

    މެލޭޝިޔާގެ ބޮޑުވަޒީރަކަށް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މެލޭޝިޔާގެ ކުރީގެ ސަރުކާރުތަކުން ފަށާފާވާ ޗައިނާގެ މެގަ ޕްރޮޖެކްޓްތަކަށް ހަދާނެ ގޮތެކެވެ. ޗައިނާގެ ގިނަ ޕްރޮޖެކްޓްތަކީ މެލޭޝިޔާއަށް ވަރަށް ބުރަބޮޑު ދަރަނި ބޮޑު އަދި އެހާމެ ފައިދާ ކުޑަ ޕްރޮޖެކްޓަކެއް ކަމަށް އަންނަނީ ބުނަމުންނެވެ.

    ގިނަ އަދަދެއްގެ ރައްޔިތުން އެދެނީ ޗައިނާގެ ޕްރޮޖެކްޓްތައް ހުއްޓުވާ ބޭރުކޮއްލު މަށެވެ. މެލޭޝިޔާގެ ކުރީ ސަރުކާރުގެ ވެރިން ރިޝްވަތުގެ ގޮތުގައި ޗައިނާގެ ކުންފުނިތަކުން ބިލިއަނުން ޑޮލަރު ނަގާފަ ހުރުމުން ޗައިނާގެ މެގަ ޕްރޮޖެކްޓްތައް ހުއްޓުވުމަކީ ވަރަށް ބޮޑުކަމެއް ކަމަށް ވެގެން ދާނެއެވެ.

    އަންވަރު އިބްރާހިމްގެ ފުރަތަމަ ވައުދަކީ ޕްރައިމިނިސްޓަރުކަމުގެ މުސާރަ ނުނެންގެވުމެވެ. އެއީ މެލޭޝިޔާގެ ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި އިންފުލޭޝަންގެ ސަބަބުން ދެރަ ނިކަމެތިންނަށް ވާ ދަތީގައި ބައިވެރި ވުމަށެވެ. އަންވަރު އިބްރާހިމް ގެ ސަރުކާރެއްގައި މަލްޓި ކަލްޗަރ އިސްކުރާނެ ކަމަށާއި މީހާ ނިސްބަތްވާ ކަލްޗަރަލް ތަފާތަކުން ތަފާތު ނުކުރާނެ ކަމަށެވެ.

    މެލޭޝިޔާގައި މެލޭ ދަރިކޮޅަކީ އެހެން ދަރިކޮޅުތަކަށް ވުރެ ހާއްސަ ބަޔަކަށް ވާންޖެހޭނެކަމަށް ދެކޭ ބަޔަކުވެސް ދިރިއުޅެއެވެ. ޗައިނީސް ދަރިކޮޅާ އިންޑިޔާ ދަރިކޮޅަކީ މައިނޯރިޓީ މީހުން ކަމަށް ވިޔަސް މެލޭޝިޔާގެ އާބާދީއަށް މިދެދަރިކޮޅުން ނިސްބަތުން އިތުރުވަމުން ދާ މިންވަރު މައްޗައް ދާކަމަށް ބޯހިމެނުން ތަކުގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

    ޕްރައި މިނިސްޓަރ އަންވަރުގެ ކެބިނެޓްގައި ޗައިނީސް ދަރިކޮޅާއި އިންޑިޔާ ދަރިކޮޅުގެ މީހުން ހިމެނޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސިޔާސީ ގޮތުން އެއްވެސް މީހަކު ހިފާ ހައްޔަރު ނުކުރާނެކަމަށް ދަނީ ވައުދު ވަމުންނެވެ. ޕްރައިމިނިސްޓަރ އަންވަރަކީ ސިޔާސީ ހުކުން ތަކެއްގާ ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތް ލީޑަރެކެވެ.

    ]]>
    Mon, 28 Nov 2022 19:21:14 +0500 ހީރަސް
    އެސްޓީއޯ ޕްރޮޖެކްޓަރުން ވޯލްޑްކަޕް ފޯރި https://heerasnews.com/749 https://heerasnews.com/749 އެސްޓީއޯގެ ކަސްޓަމަރުންނަށް އުފާލާ ހިތްހަމަޖެހުން ހުރިހާ ދާއިރާއެއްގައި ވެސް ހޯދާ ދިނުމަކީ އެސްޓީއޯ ވަރަށް އިސްކަންދޭ ކަމެކެވެ. ބުރަ މަސައްކަތުގައި އަވަދި ނެތި އުޅޭ ހީވާގި ކަސްޓަމަރުންގެ ހިތުގެ ހަމަޖެހުމަކީ އެސްޓީއޯގެ ހަމަޖެހުމެވެ. އެސްޓީއޯއަށް ލިބޭ އެންމެ ބޮޑު ކާމިޔާބީއެވެ. މި ދުވަސްވަރަކީ ވޯލްޑްކަޕް ފީވަރ ގެ މޫސުމެވެ. ކިތަންމެ އަވަދިނެތި އުޅުނަސް ވޯލްޑް ކަޕްގެ މެޗެއް ދޫކޮށްލުމަކީ އެއްވެސް ކަސްޓަމަރަކަށް ހިތް ހަމަ ޖެހުން ލިބޭނެ ކަމެއް ނޫންކަން އެސްޓީއޯ ރަނގަޅަށް ދަނެއެވެ. އަމްދުންް ބޮޑު އިސްކްރީނުގައި ވޯލްޑްކަޕް މެޗެއް ބަލައިލުމުން ކަސްޓަމަރަށް އެ ލިބިގެންދާ އުފަލާއި ހިތް ހަމަޖެހުން އެސްޓީއޯއިން ވަޒަން ކުރެވެއެވެ.

    މުއައްޒަފުންނާއި ކަސްޓަމަރުންގެ މަސައްކަތުގެ ރޭޓް މަތިކޮށް އުފެއްދުންތެރި މުޖުތަމައެއް ބިނާ ކުރެވޭނީ އުޅޭ މާހައުލަކީ ހިތްހަމަ ޖެހޭ އުފާވެރި މާހައުލެއް ކަމުގައި ވެގެންކަން އެސްޓީއޯ ނިކަން ރަނގަޅަށް ދަނެއެވެ. އެހެން ކަމުން ހިނގަމުންދާ ވޯލްޑް ކަޕްގެ ފޯރި އިތުރުކޮށް ރޫހު އުފެއްދުމުގައި އެސްޓީއޯގެ ބައިވެރިވުން ވަރަށް ބޮޑެވެ.

    ފީފާ ވޯލްޑްކަޕް ގަތަރު 2020 އަކީ ރާއްޖޭގައި ފުޓްބޯޅައިގެ ޖޯޝް ހުރި ގިނަ ބަޔަކު ހިތް ހަމަޖެހިލައިގެން ތިބެ ބަލާލެވޭނެ މުބާރާތަކަށް ހެދުމަށް އެސްޓީއޯއިން ވަރަށް ބޮޑު އިސްކަމެއް ދެއެވެ. ވޯލްޑްކަޕް މެޗްތައް ބޮޑު އިސްކްރީނުން ބަލާލުމަށް އެސްޓީއޯ އިން ދެމުން ގެންދަނީ އާދަޔާ ހިލާފު ބޮޑު އެހީތެރި ކަމެވެ. ކަލަބް ތަކާއި ޖަމްއިއްޔާތަކާއި ކައުންސިލްތައް މެދުވެރިކޮށް ގިނަ ބަޔަކު އެއް ތަނަކަށް އެއްވެލައިގެން ތިބެ ވޯލްޑްކަޕް ބަލާލުމަށް އެސްޓީއޯއިން ޕްރޮޖެކްޓަރ ފޯރުކޮށް ދިނުމަކީ ވޯލްޑްކަޕްގެ ފޯރި އެތައް ގުނައަކަށް އިތުރު ވެގެންދާ ކަމެކެވެ.

    ހީވާގި ކަސްޓަމަރުން އަވަތިނެތި އުޅޭ އުޅުމުގައި ވޯލްޑްކަޕްގެ މެޗްތައް ހިތްހަމަ ޖެހިގެން ބަލައިލުމަށް ޕްރޮޖެކްޓަރ ވަރަށް މުހިންމެވެ. ހުރިހާ ވަގުތެއްގައި ވެސް މުއައްޒަފުންނާއި ކަސްޓަމަރުންނަށް އުފާވެރި ވަގުތު ކޮޅެއް ހޯދާ ދިނުމަށް ތަފާތެއް ނުކޮށް އެސްޓީއޯއިން ސަމާލުކަންދޭ މިންވަރު ވަރަށް ރަނގަޅަށް މިކަންކަމުން ވަޒަން ކުރެވެއެވެ.    

    ]]>
    Mon, 28 Nov 2022 16:37:43 +0500 ހީރަސް
    ހެޔޮވެރިކަން: ހދ.ފިނޭ ބަދަރު ތަރައްގީކުރަން ހަވާލުކުރުން https://heerasnews.com/748 https://heerasnews.com/748 ހދ. ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި މިއަދު ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފަރޫގާއި އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

    މަޝްރޫއު ނިންމަން ޖެހެނީ 450 ދުވަހުގެ ތެރޭގައެވެ.

    މަޝްރޫއުގެ ޖުމްލަ އަގަކީ 47،268،512.87 ރުފިޔާއެވެ.

    ފިނޭ ބަނދަރު ތަރައްގީ ކުރުމުގެ ގޮތުން ކުރެވޭނެ ކަންކަމަކީ:-

    • 41،332.31 ކިއުބިކް މީޓަރ ބަނދަރު ފުން ކުރުން
    • 5848.05 ކިއުބިކް މީޓަރ ނެރު ފުން ކުރުން
    • 219 މީޓަރު ބްރޭކްވޯޓާ ޖެހުން
    • 82 މީޓަރު ރިވެޓްމެންޓް ޖެހުން
    • 25 މީޓަރު ގްރޮއިން ޖެހުން
    • 248 މީޓަރު އެއްގަމު ތޮށި ޖެހުން
    • 248 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
    • 10 މޫރިން ބޮއި ހަރުކުރުން
    • 90 އަކަ މީޓަރު ރޭންޕެއް ހެދުން
    • 02 ނެވިގޭޝަން ލައިޓް ހަރުކުރުން
    • 19 މަގު ބައްތި ހަރުކުރުން
    • 2198 އަކަ މީޓަރު ޕޭވްމަންޓް ހެދުން
    ]]>
    Mon, 28 Nov 2022 15:29:12 +0500 ހީރަސް
    ހެޔޮވެރިކަން: މ.މުލި ބަނދަރު ތަރައްގީކުރަން ހަވާލުކުރުން https://heerasnews.com/747 https://heerasnews.com/747 މ. މުލި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަރު ޝާނާ ފަރޫގްއާއި އެމްޓީސީސީގެ ޗީފް އެކްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ.

    ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 65،555،973.53 ރުފިޔާއެވެ.

    މަސައްކަތް ނިންމުމުގެ މުއްދަތަކީ 550 ދުވަހެވެ. 

    މުލީ ބަނދަރު ތަރއްގީ ކުރުމުގެ ގޮތުން ކުރެވޭނެ ކަންކަމަކީ:-

    • 3388 ކިއުބިކް މީޓަރ ބަނދަރުން ފުން ކުރުން
    • 6،254 ކިއުބިކް މީޓަރ ނެރު ފުން ކުރުން
    • 213 މީޓަރު ސޭންޑްފިލް ބްރޭކްވޯޓާ ޖެހުން
    • 89 މީޓަރ ރިވެޓްމެންޓް ޖެހުން
    • 479 މީޓަރ އެއްގަމު ތޮށި ޖެހުން
    • 467 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
    • 10 މޫރިން ބޮއި ހަރުކުރުން
    • 100 އަކަ މީޓަރު ރޭންފެއް ހެދުން
    • އެކްސެސް ޕްލެޓްފޯމެއް އެޅުން
    • ތިން މީޓަރު ކޮންކްރީޓް ބްރިޖެއް ހެދުން
    • ދެ ނެވިގޭޝަން ލައިޓް ހަރުކުރުން
    • 27 މަގު ބައްތި ހަރުކުރުން
    • 2370 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން
    ]]>
    Mon, 28 Nov 2022 15:13:13 +0500 ހީރަސް
    ސަލާމަތީ ބާރުތަކުން ޑރ. ވަހީދު ހިފާ ހައްޔަރު ކުރަން ގޮވާލަން https://heerasnews.com/746 https://heerasnews.com/746 ސަމާސާކަމެއް ނޫނެވެ. ބޭނުންހާ މީހަކު ބޭނުންހާ ގޮތަކަށް ބޭނުންހާ ތަނެއްގައި ބޭނުންހާ އިރަކު ރާއްޖެ ތަމްސީލެއް ނުކުރެވޭނެއެވެ. ރާއްޖޭގައި ގާނޫނީ ސަރުކާރެއް އޮއްވާ ރާއްޖޭގެ ނަމުގައި ސަރުކާރު ނޫން ފަރާތަކަށް ރާއްޖެ ތަމްސީލު ކުރުމުގެ ދުނިޔަވީ އެއްވެސް ހަމައެއް ގާނޫނެއް ނުއޮންނާނެއެވެ. ރާއްޖޭގެ ގާނޫނީ ތަރަހައަކުން އަދި އދ ގެ ޗާޓަރގެ އެއްވެސް ނުކުތާއަކުން ވިޔަސް ގާނޫނީ ސަރުކާރު ނޫން ފަރާތަކަށް ސަރުކާރުގެ ހުއްދައަކާނުލާ ގައުމެއް ތަމްސީލެއް ނުކުރެވޭނެއެވެ. ޑރ. ވަހީދު އެކުރީ ބައިނަލް އަގުވާމީ ކުށެކެވެ. ރާއްޖޭގެ އިސްތިގުލާލަށް ދިން ހަމަލާއެކެވެ. ފާޅުކަން ބޮޑު ބަގާވާތެކެވެ.

    ރާއްޖޭގެ ރަސްމީ އިދާރާތަކުގެ ރުހުމާއި ބަހެއްނެތި ރާއްޖޭގެ ނަމުގައި އެއްވެސް މީހަކަށް ވެސް އެއްވެސް ޖަމާއަތަކަށް ވެސް ރާއްޖެ ތަމްސީލެއް ނުކުރެވޭނެއެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ހާރިޖީ ވުޒާރާއިން އިންކާރުކޮށް ރާއްޖެ ބައިވެރިވުމަށް އިއުތިރާޒް ކޮށްފައިވާ ބައިނަލް އަގުވާމީ މުއުތަމަރެއްގައި ރާއްޖޭގެ ނަމުގައި ބައިވެރިވާ ބައިވެރިވުމަކީ ބަގާވާތެކެވެ.

    ދުނިޔޭގެ ކިތަންމެ ބާރު ގަދަ ގައުމަކުން ކުރުވި ކަމެއް ނަމަވެސް އެ ގައުމުގެ ސަފީރު ހާރިޖީ ވުޒާރާއަށް ހާޒިރުކޮށް އެކަން ކުއްވެރިކޮށް ސުވާލު ކުރެވެން ޖެހޭނެއެވެ. އެ މީހަކާ އެ މީހެއް ރާއްޖޭގެ ނަމުގައި ހެދުނު އެއްޗެއް ހަދަން ދޫކޮށްލެވިފައި އޮވެގެން ނުވާނެއެވެ. ކަމަކީ ޔާމީނު ހިންގާ އިންޑިއާ އައުޓުގެ ހަގީގީ މިސްރާބު ހުރިގޮތުގެ މޭގައެވެ.

    ޔާމީނުގެ ރޭވުމާ އެއްގޮތަށް ޑރ. ވަހީދު އެހިންގި އުދުވާނަކީ ސިޔާސީ ކަމަކަށް ހަދާ ދޫކޮށްލެވޭ ވަރަށްވުރެ ހައްސާސް ކަމެކެވެ. ޑރ. ވަހީދާއި އެކަމުގައި ބައިވެރިވާ އެންމެން ގައުމީ ސަލާމަތަށްޓަކާ ވަގުތުން ވަގުތަށް ހިފާ ހައްޔަރު ކުރަން މަޖުބޫރެވެ. ރާއްޖޭގެ އިސްތިގުލާލަކީ ޑރ. ވަހީދުމެން ކުޅެން އޮތް ބުމަރެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަން ވައްޓާލި ގޮތަށް ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލް ނަގާލުމަށް ގާނޫނީ ސަރުކާރުގެ ބާރު ކަނޑުވާލަން ކުޑަވެސް ފުރުސަތެއް މި ބައިގަޑަށް ދެވިގެން ނުވާނެއެވެ.

    ދައުލަތުގެ ކަރާމާތް ނަގާލުމަކީ ކަމަކަށް ނުހަދާ ދޫކޮށްލައިގެން ވާނެ ކަންކަމެއް ނޫނެވެ. ކުރީގެ ރައީސެއްގެ ގޮތުން އިނާޔަތާ ރައްކާތެރިކަން ދެނީ ދައުލަތާ އިދިކޮޅު ހަރަކާތް ހިންގާކަށް ނޫނެވެ. އިންޑިއާ-ޗައިނާ ވާދައިގެ ހުޅަށް ފެޓްރޯލު އަޅާކަށް ނޫނެވެ. އިންޑިއާގެ ބައިވެރި ވުމެއް ނެތި އިންޑިއާ ކަނޑާމެދު ގޮތް ނިންމަން ރާއްޖޭގެ ނަމުގައި ޑރ. ވަހީދަށް ބާރުދެނީ ކޮން ގާނޫނަކުން ހެއްޔެވެ. ޖޯގްރަފީގޮތުން އިންޑިއާ ކަޑާ އެއްވެސް ގުޅުމެއްނެތް ޗައިނާއިން އިންޑިއާ ނުލާ އިންޑިއާ ކަޑަށް ގޮތް ނިންމަން އުޅޭ އުޅުމުގައި އިހުލާސްތެރި ކަމެއް ނެތް ކަން ވަރަށް ސާފެވެ. ގައުމީ ސަލާމަތީ ބާރުތަކުން އަވަސް ފިޔަވަޅު ނާޅައިފި ނަމަ ދެން ވާން އޮތް ކަމެއްގެ ނުރައްކާތެރި ކަމުގެ ބޮޑުކަން ހިތައް ވެސް ގެންނަން ދައްޗެވެ.

    ޑރ. ވަހީދާ އެކު ޗައިނާ މުއުތަމަރުގައި ރާއްޖޭގެ ނަމުގައި ބައިވެރިވި ހުރިހާ އެންމެން މިހާރުން މިހާރަށް ހިފާ ހައްޔަރުކޮށް ތަހުގީގު ކުރުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ. ޗައިނާ ސަފީރު ހަރިޖީ ވުޒާރާއަށް ހާޒިރުކޮށް ސުވާލުކޮށް އަޅަންޖެހޭ ފިޔަވަޅެއް ބައިނަލް އަގުވާމީ ހަމަތަކުގެ މަތިން އެޅުމަށް ވެސް ހަރިޖީ ވުޒާރައަށް ގޮވާލަމެވެ. މި ގޮވާލުން މިގޮވާލަނީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންނެވެ. 

    ]]>
    Sun, 27 Nov 2022 20:50:25 +0500 ހީރަސް
    ޖަރުމަނުވިލާތުގެ ލޭބަރ ލޯ އާއި ޓްވީޓަރ ހިލާފުވެއްޖެ https://heerasnews.com/745 https://heerasnews.com/745 މިދިޔަ އޮކްޓޯބަރ މަހު 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށް ފަހު ބިލިޔަނަރ އީލާން މަސްކު އަޅުއްވަން ފެއްޓެވި ފިޔަވަޅުތަކަކީ ޓްވިޓާރގެ ސްޓާފުން މަދުކުރުމުގެ މަސައްކަތެވެ. އެ ގޮތުން އެންމެ ފުރަތަމަ ވެސް އެގްޒެކްޓިވް ލެވަލްގެ ހުރިހާ ވެރިން ވަކިކުރެއްވިއެވެ. އަދި ކޮންމެ ސްޓާފަކަށް ވެސް އީމެއިލް އެއް ފޮނުއްވިއެވެ. ޓްވިޓަރގެ ވަޒީފާގައި ދެމި ތިބެވޭނެކަން ނުވަތަ ނޫންކަން އެގޭނީ އެ އީމެލުން ކަމަށް އިއުލާނު ކުރުމަށް ފަހު އެތައް ސްޓާފުންނެއް ވަޒީފާއިން ވަކިކުރެއްވިއެވެ. ޓްވިޓާރގެ ހެޑް ކުއާޓަރުގައި ތިބި ޓެކްނިކަލް ސްޓާފުންނާއި އިންޖިނޭރުންތައް ވެސް ވަޒީފާތަކުން ވަކި ކުރުމަށް ނޯޓިސްދީ މައި އޮފީސް ބަންދުކޮށް ތަޅުލާ ހެދި އެވެ. ޓްވިޓާރ ސްޓާފުންގެ ގޮތުގައި ޖަރުމަނުގައި ތިބި ޖަރުމަނުގެ ރައްޔިތުންގެ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ޖަރުމަނުގެ ބާލިންގެ ޓްރޭޑް ޔުނިއަން ވަނީ މި މައްސަލައިގެ ތެރެއަށް ވަދެފައެވެ.

    އެމެރިކާގެ ގާނޫނުތަކާ ހިލާފަށް ޖަރުމަނާއި ޔޫރަޕްގެ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނުތައް މުއައްޒަފުންގެ ވަޒީފާތައް ރައްކާތެރި ކޮއްދޭ ކަމަށް ގާނޫނީ މާހިރުން ވިދާޅުވެއެވެ. ޓްވިޓާރ ގޮވައިގެން ޖަރުމަނުގެ ޓްރޭޑް ޔުނިއަނުން ކޯޓަށް ދާނެ ކަމުގެ ނޯޓިސް މިހާރުވަނީ ދީފައެވެ. އަޔަލޭންޑާއި، ފްރާންސް އަދި ޔޫކޭ އިން ވެސް އިލާން މަސްކު ގޮވައިގެން ކޯޓަށް ދާނެ ކަމުގެ ހަބަރުތައް އިވެއެވެ.

    އީލާން މަސްކް ޓްވިޓަރ އޮޕަރޭޓް ކުރާ ކުރުމާ ގުޅޭ ގޮތުންދަނީ ކަން ބޮޑުވުންތައް ފާޅުކުރަމުންނެވެ. މިދިޔަ ހަފްތާގެ ތެރޭގައި އީލާން މަސްކް ވަނީ ޓްވިޓަރ އިން ބޭން ކޮއްފަވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕްގެ ޓްވިޓަރ އެކައުންޓް އެކްޓިވް ކޮއްދެއްވާ ފައެވެ.

    ރައީސް ޓްރަންޕްގެ ޓްވިޓަރ އެކައުންޓް އޭރު ބަންދު ކޮއްފައިވަނީ 6 ޖެނުއަރީ 2020 ގައި އެމެރިކާގެ މަޖިލިސް ކުރާގެއަށް ޓްރަޕްގެ ސަޕޯޓަރުން އަރައިގެން މައްސަލާގައެވެ. ނަމަވެސް މަސްކް ވިދާޅުވެފައިވަނީ ޓްރަންޕް ގެ ޓްވީޓަރ އެކައުންޓް ބްލޮކް ކުރުމަކީ ގޯހެއް ކަމަށެވެ. ހަމަ މިއާއި އެކު ކުރިން ޓްވީޓާރ އިން ބުލޮކް ކޮއްފައިވާ ހުރިހާ އެކައުންޓެއް އެކްޓިވޭޓް ކޮއްދޭނެ ކަމަށް ވެސް ވަނީ އިއުލާނު ކޮއްފައެވެ.

    އެމެރިކާގެ މިޑްޓާމް އެލެކްޝަން އޮތް ދުވަހު އީލާން މަސްކުވަނީ އެމެރިކާގެ ހުރިހާ ރައްޔިތުން ރިޕަބްލިކަން ޕާޓީގެ ކެޑިޑޭޓުންނަށް ވޯޓު ދިނުމަށް ޓްވިޓަރ މެދުވެރިކޮށް ގޮވާލާފައެވެ. ނަމަވެސް އެއިންތިހާބުގައި މިހާރު ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީވަނީ ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައެވެ. އީލާން މަސްކް ޓްވިޓަރ މެދުވެރިކޮށް އެމެރިކާގެ ސިޔާސީ މަސްރަހަށް ކުޅެފާނެ ވަރަކާއި ޓްވިޓަރގެ ރައްކާތެރިކަން ކުޑަވުމުން ދުނިޔޭގެ ސުލްހަޔަށް ކޮއްފާނެ ނުރައްކަލަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޓްވިޓަރގައި އިސްތިހާރު ކުރާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން 3 ބައި ކުޅަ 2 ބައި ކުންފުނިތައް ވަނީ ޓްވިޓަރއިން އިސްތިހާރު ކުރުން ހުއްޓާލާފައެވެ. ސަބަބަކީ ހޮލޮކޯސްޓާއި ދެކޮޅު ނުވަތަ ނަސްލީ ތަފާތުކުރާ ޓްވިޓެއް މީހަކު ކޮއްފިނަމަ އެ ކުންފުނި ތަކުގެ އިސްތިހާރަކާއި އެކު ޓްވިޓާރގައި ފެންނަން އިދެއްޖެނަމަ އެކުންފުނިތަކުގެ ވިޔަފާރިތައް ހަލާކުވެ ޕްރޮޑަކްޓްތަކާއި ދެކޮޅަށް ކެންޕެއިން ފެށިދާނެކަމަށް ޖެހެލުންވާތީ އެވެ.

    ޖަރުމަނުގެ "ކުންޑި ގުން ޝުތުސް" (ޕްރޮޓެކްޝަން އެގެއިންސްޓް އަންލޯފުލް ޓާމިނޭޝަން އެކްޓް) ގާނޫނަކީ މަސައްކަތްތެރިން މަސައްކަތުގެ މާހައުލުގައި ތިއްބާ ވަޒީފާއިން ވަކިކުރުމުން މަސައްކަތްތެރިން ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ޓްވިޓާރގެ މުއްޒަފުންގެ ގޮތުގައި ތިބި ޖަރުމަނުގެ ރައްޔިތުންނަށް ބަދަލު ލިބެގެން ދާނެކަމަށް ޖަރުމަނުގެ ވޯކާރސް ކައުންސިލުން ވަނީ ބުނެފައެވެ. ޖަރުމަނުގެ މި ލޯސުއިޓްއަށް ވާގޮތަކުން ޓްވިޓާރ އާއި ދެކޮޅަށް އެހެނިހެން ގައުމު ތަކުގައި ވެސް ފިޔަވަޅުތައް އަޅާނެ ކަމަށް ބެލެވެއެވެ.

    ]]>
    Sun, 27 Nov 2022 17:40:21 +0500 ހީރަސް
    ހެޔޮވެރިކަން: ގައްދޫ ބަނދަރު ތަރައްގީ ކުރަން ފެށުން https://heerasnews.com/744 https://heerasnews.com/744 ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީއިން އިއްޔެ ފަށައިފި އެވެ. މި މަޝްރޫއުގައި ގައްދޫ ބަނދަރުގެ 13،498 ކިއުބިކް މީޓަރު ސަރަހައްދަކާއި ބަނދަރަށް އިތުރު ކުރެވޭ ބައިގެ 9،519.20 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރަން ހަމަޖެހިފައިވެއެވެ.

    ގައްދޫ ބަނދަރުގައި ބޮޑުހިލައިގެ ބޭރުތޮށި ޖަހާނީ 232 މީޓަރުގެ ސަރަހައްދެއްގައެވެ. ހަމަ އެހެންމެ 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. 35 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ނެވިގޭޝަން ދެ ލައިޓް ހަރުކޮށް 25 މޫރިން ބޮއި ހަރުކުރުމާއި 1600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. މި މަޝްރޫގެ ދަށުން ގައްދޫގައި 16 މަގުބައްތި ހަރުކޮށް ކޮންކްރީޓް ބްރިޖެއް އެޅުމަށް ވެސް ހަމަޖެހިފައިވެއެވެ. 

    އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން ޕްލޭނިން މިނިސްޓްރީން މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއިއެވެ. 38.4 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ސައިޓަށް ގެންގޮސް މިހާރު ކުރިއަށްދަނީ ގައްދޫގައި މިހާރު ބޭނުން ކުރާ ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތެވެ.

    ]]>
    Sun, 27 Nov 2022 15:36:30 +0500 ހީރަސް
    ހެޔޮވެރިކަން: ކުޅުދުއްފުށިސިޓީން 105 ރޯހައުސް ހަވާލުކުރުން https://heerasnews.com/743 https://heerasnews.com/743

    އެމްޑީޕީ ސަރުކާރުން 2011 ވަނައަހަރު ކުޅުދުއްފުށީ ސިޓީގައި ތަރައްގީކުރަން ފެށި 165 ރޯހައުސްގެ ތެރެއިން މިހާތަނަށް ދިރިއުޅެން ހަވާލުނުކުރެވި ހުރި 105 ރޯހައުސް ހަވާލުކުރަން ފަށައިފިއެވެ. މީގެ ކުރިން 60 ރޯހައުސްއެއް އޭތަންތަގެ ހައްގު ވެރިންނާ ހަވާލުކޮުރުމުން ވަނީ ދިރިއުޅެން ފަށަފައެވެ.
    ކުޅުދުއްފުށީ ސިޓީގައި 165 ރޯހައުސް ތަރައްގީކުރުމުގެ މަސައްކަތް 2011 ވަނަ އަހަރު ފަށާފައިވަނީ ރަށުގެ 3 ސަރަހައްދެއްގައެވެ. އެ ސަރަހައްދު ތަކަކީ އެ ރަށުގެ ހިއްކި ސަރަހައްދާއި، ޖަލާލުންދީން ސްކޫލު ކސަރަހައްދާއި ހަސަނާތު މިސްކިތް ސަރަހައްދެވެ. އެެކި ސަބަބުތަކާއި ހުރެ މަސައްކަތް ހުއްޓިފައިވާ 105 ރޯހައުސްއެއްގެ މަސައްކަތް ނިންމުމަށް މި ސަރުކާރުން ބަޔަކާ ހަވާލުކުރީ  މިދިޔަ އޭޕްރީލްމަހުއެވެ.

    ރޯހައުސްތައް ލިބުނު ފަރާތްތަކަށް ތަޅުދަނޑި ހަވާލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މިހާތަނަށް 27 ފަރާތަކަށް ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުން ސިލުން ބުނެއެވެ. ކުޅުދުއްފުށީގައި ތަރައްގީކުރާ ރޯހައުސް ތަކުގެ ތެރެއިން މި ބުރުގައި ހަވަލު ކުރެވޭނީ 85 ރޯހައުސް ކަމަށް ސިޓީކައުން ސިލުން ބުނެއެވެ. އެކި ސަބަބުތަކާ ހެދި މިހާތަނަށް އާއްމުންނަށް ދޫނުކުރެވި ހުރި ރޯހައުސްތައް އަންނަ މަހުގެ ތެރޭގައި ހަވާލުކޮށް ނިންމާލެވޭނެއެވެ.

    ކުޅުދުއްފުށީގައި އިމާރާތްކޮށްފައި ވަނީ 3 ކޮޓަރީގެ ރޯހައުސް ތަކެކެވެ. ކޮންމެ ރޯ ހައުސްއެއް ވެސް ހުންނަނީ ދެ ފަންގިފިލާއަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ކުރިން ދޫކުރި ރޯހައުސް ތަކުގެ ކުއްޔަކީ 3000 ރުފިޔާއެވެ.

    ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން މި ސަރުކާރުން ވަނީ އިތުރު 400 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ފަށާފައެވެ. މިއިން ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާހާނާ ހުންނާނެއެވެ.
    މި 400 ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.

    ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްއަކީ މިހާރު ދޫކުރާ ރޯހައުސް ތަކުގެ މަސައްކަތް ހުއްޓިފައި ވަނިކޮށް އެ މަސައްކަތާއި ހަވާލުވެ ރޯހައުސްތައް ނިންމާ ދިނުމުގެ މަސައްކަތް ކުރާ ކުންފުންޏެވެ.
    ޑިޒައިން އެންޑް ބިލްޑް އުސޫލުން ބިނާކުރާ މި 400 ހައުސިންގ ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރީއަށް ގާތްގަނޑަކަށް 443.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެއެވެ.

     

    ]]>
    Sun, 27 Nov 2022 14:39:04 +0500 ހީރަސް
    ވަޓްސިލާގެ ހިފެހެއްޓުމެއް ނެތް ޝުކުރު ސްޓެލްކޯއަށް https://heerasnews.com/742 https://heerasnews.com/742 ފިންލޭންޑްގެ ޓެކްނޮލޮޖީ ގްރޫޕް ވަޓްސިލާ ކުންފުނިން ހިފެހެއްޓުމެއް ނެތި ސްޓެލްކޯއަށް ތައުރީފް ކޮށްފިއެވެ. ވަޓްސިލާއިން ސްޓެލްކޯއަށް ތައުރީފް ކޮށްފައިވަނީ އެ ކުންފުނީގެ ވެބްސައިޓްގައި https://www.wartsila.com/insights/article ޝާއިއުކޮށްފައިވާ ލިޔުމެއްގައެވެ.

    ސްޓެލްކޯއާއި ވަޓްސިލާ ވަނީ 30 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ބަދަހި ގުޅުމެއް ދަމަހައްޓާފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ މަޝްހޫރު މަންޒިލެއްކަމުގައިވާ ދިވެހިރާއްޖޭގެ ތަރައްގީގެ ބައިވެރިއެއް ކަމުގައި ސްޓެލްކޯއިން ވަޓްސިލާ ހަދާދީފައި ވާކަމަށް ވެއެވެ.

    މާލޭގެ ބޮޑު އިންޖީނުގޭގައި 1990 ވަނަ އަހަރު ބަހައްޓާ ހިންގަންފެށި ވަޓްސިލާ އިންޖީނާއި ހިސާބުން ފެށުނު ގުޅުމަށް 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އެ ގުޅުމުގެ ތެރެއިން ސްޓެލްކޯ ބޮޑެތި ކާމިޔާބީ ތަކެއް ހާސިލްކޮށްފައިވާ ކަމަށް ވަޓްސިލާގެ ލިޔުމުގައި ބުނެފައި ވެއެވެ.

    މާލެއާއި ހުޅުމާލެއާއި އަތޮޅުތަކަށް ބޭނުންވާ ކަރަންޓް އުފެއްދުމަށް ވަޓްސިލާއިން އިންޖީނު ފޯރުކޮށްދީ ސްޕެއަރޕާޓްގެ ހިދުމަތާއި ތަމްރިނާއި ތަޖުރިބާ ބަދަލު ކުރުމުގެ ގިނަގުނަ ހަރަކާތްތައް ހިންގާފައިވެއެވެ.

    ސްޓެލްކޯއަކީ ރޭވުންތެރިކަމާއި ހުނަރުވެރިކަމާއި ގާބިލުކަމާއެކު ހިދުމަތް ދިނުމުގައި ދެވަނައެއް ނެތް ކުންފުންޏެއް ގޮތުގައި ވަޓްސިލާ ސިފަކުރެއެވެ. ޔަގީންކަމާ އިތުބަރާއެކު ހިދުމަތަށް އަހުލުވެރި ހީވާގި ޓީމެއްގެ ގޮތުގައި ވަސިލާއިން ސްޓެލްކޯ ސިފަކުރެއެވެ.

    2030 ގައި ރާއްޖެއަކީ ނެޓްޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ސްޓެލްކޯއިން ކުރަމުން ގެންދާ މަސައްކަތުގައި އެއްމެ މުހިންމު އެއް ބައިވެރިއެއްގެ ގޮތުގައި ވަޓްސިލާ ބައިވެރިވަމުން ގެންދާ ކަމަށް ފަހުރުވެރި ކަމާއެކު ވަޓްސިލާއިން ފާހަގަ ކުރެއެވެ.

    ވަޓްސިލާ-ސްޓެލްކޯ ގެ 30 އަހަރަށް ވުރެ ގިނަ ދުވަސްވީ ބަދަހި ގުޅުމާއި އުފެދިފައިވާ އިތުބާރުގެ ތެރެއިން މަލޭގެ މައި އިންޖީނުގެއަށާއި ހުޅުމާލެ އިންޖީނުގެއަށް އެންމެ އެކަށީގެންވާ އިންޖީނާއި ސްޕެއަރޕަރޓްސްއާއި ފަންނީ އެހީތެރކަން ފޯރުކޮށް ދީފައިވެއެވެ. ހަމަ އެހެންމެ އަތޮޅު ތަކުގެ ބައެއް ރަށްރަށަށް އެރަށަކާއި އެކަށީގެންވާ އިންޖީނު ފޯރުކޮށް ދިނުމުގައި ސްޓެލްކޯއިން ވަޓްސިލާއަށް ފުރުސަތު ފަހިކޮށް ދީފައިވާކަން ޝުކުރުވެރި ކަމާއެކު ފާހަގަ ކުރެއެވެ.

    ]]>
    Sun, 27 Nov 2022 12:00:26 +0500 ހީރަސް
    މިތިބަަގެން ތެޅިފޮޅެނީ ކޮންކަމެއް ނުވެގެން https://heerasnews.com/741 https://heerasnews.com/741 ހިއްވަރުދޭ ހައެއްކަ މީހެއްގެ ބަސްމަގާ އެކު ދެން ތިބި އެންމެން ހާރުވައި ބިރު ދައްކާން ކަމަށް މިތިބަަގެން ތެޅިފޮޅެނީ ކޮންކަމެއް ނުވެގެންކަން މިއަދަކު ހަމަ ނޭގޭ އެކަކުވެސް ހުރިހެނެއް ހީޔެއް ނުވެއެވެ. ދެކޮޅު ނުޖެހޭ ބަޖެޓޭ ، ވައުދެއް ނުފުއްދެޔޭ ކުރިހަމަ އެއްކަމެއް ވެސް ނެތޭ ކަރުން ނާރު ނަގާފައި ގޮވާ ނަގަނީ ތިޔަ ތިބަ މީހުންގެ ހިތުގައި އޮތް ހަސަދަވެރިކަމާ އަމިއްލަ އެދުމުން ފޯވެފައިވާ ވަރުން އެ ކުރާން އުޅުނު ކަންކަން ނުކުރެވިގެންކަން އެންމެނަށް ވެސް މިހާރު އެބަ އެނގެއެވެ.

    އާއެނކޭ! އާނއެކޭ! ރާއްޖެ ތެރޭގެ ރަށްރަށަށް އަރާލުމުން މިހިރަ މިހިރަ ފެންނަ މަންޒަރު ތަކަކީ އަދި ކުރިޔަށް އޮތް ގަރުނުނިމޭ އިރުވެސް ކުރެވި ނިމޭނެ ކަންކަން ކަމުގައި މީގެކުރީން މީހަކަށް ގަބޫލެއް ނުކުރެވެއެވެ. މީހުނަށް އޭރު ގަބޫލު ނުކުރެވި އޮތް އޮތުން މި ސަރުކާރުން ބަދަލުކޮށްލައި މުޅިރާއްޖެއަށް ގެންނަ ތަރައްގީ ފެނުނީމާ ހައިރާން ވާނެތާއެވެ. ޝުކުރުކުރާ އަޅުންގެ ހިތައް ލުއިފަސޭހަކަން ލިބޭނެއެވެ. ހަސަދަވެރީންގެ ހިތްތަކަށް ގިލަންވެރިކަން ވަދެ އަނދާނީ ގިންޏެވެ. އޭރުން ދެން ހަމަ ތިބެން ޖެހޭނީ ކަޅިއަޅައިގެން ތާއެވެ. އަނެކުން ހައްލާލަން ދައްކާ ވާހަކަ ތަކުން ތަސައްލީއެއް އަމުދުން ނުލިބުމުން ދެންވާނެ ހަތަރެތި މިހިރަގެން ދަނީ ވަމުންތާއެވެ.

    ތިމަންނާމެނީ އެންމެ މޮޅު އެންމެ ވިސްނޭ މީހުން ކަމުގައި ގަބޫލު ކުރެވުނީމާ ވާނީ އެހެންނެވެ. ތިމާމެން ބޭނުންހާ ގޮތަކަށް ކަންކަން ކުރެވެނީ ތިމާމެންގެ އަމިއްލަ ކަންކަމެވެ. އެންމެން އެއްވެ ތިބެ ކަރުދާހުގައި ލިޔެގެން ކުރަން ނިކުތް ކަންކަން ތިމާނޫން މީހަކު ފުރިހަމަ ކޮށްދޭތަން ފެނުނީމާ ވެސް ޝުކުރުވެރި ވާން އެނގެނީއެއް ނޫނެވެ. ތިމާމެން ނޫން ބަޔަކު ހަމަ އެކަންކަން ކުރާތީވެ ބޮޑާ ހަދާ ތިޔަ ހަލުވާ ރަނބަޔެއް އަމުދަކުން މިއަދަކު ބަލާނެ މީހަކު ނެތެވެ.

    ފަރަންޖީންގެ ކައިރިން ޕޮލިޓިކަލް ސައިންސް ކިޔެވިފާ ހުރީތީވެ ދެން މާތޫލި އަޑަކުން ތުއިވެފައި މަލާމާތުގެ ރާގަށް ރާއްޖެތެރޭ މީހުންނާ މެދު ތިމާގެ ހިތުގައި އޮތް ހަސަދަ ފިލުވާލަން ތިިޔަ ކިޔާ އެއްޗެތީން އަރާ ރުޅިން މީހުން ލަވާހަޅޭއް ނިކަން އަޑުއަހާލަ ބަލާށެވެ. ލޯ ހުޅުވާލަން ނުކެރެއެވެ. މިޔަކީ އިރެއްގައި ރާއްޖޭގެ ރޭޑިޔޯ އަކުން ކުރު ވާހަކަ ކިޔައިދިން އަމާމެން އެކިޔައިދިން މޭރުމުން ކިޔާން ދަސްކޮށް ދީފައި އޮތަތީވެ މިއަދަކު ކުރާން އުޅުނަކަސް ވައިގައި ހިއްޕޭކަށް އޮތް ކަމެއް ނޫން ތާއެވެ. އެ ވަރުވެސް ނޭނގި ތިމާގެ ހެދުން ބޭލޭއިރު އެހެން މީހުނަށް ބަލާންް ތިބޭކަށް ވެސް ފަސޭހައެއް ނުވާނެތާއެވެ.

    ތިޔަހެން މަލާމާތުގެ ހިނިގަނޑެއް ޖަހައިގެން ރަށްފުށުގެ ވޯޓުން ހޮވޭތޯ ބަލަނީއޭ ކިޔައި އަނގަ ތޮރުފާ ގޮއްޔެގެ ހަތަރު ކަށިމަތި އަޅެ މާލެތޯ ވެސް އަހާލާ ހިއްވެއްޖެއެވެ. މީގެ ކުރީން ރަށްރަށަށް އަރައި ފެނުނުހާ މީހަކާ އެކު ސެލްފީ ނަގައި ބައްދާ ކޮޑަށް އަރާ ދުމަށިން މަސްކައި އެ އުޅުނީ ބަލަގަ ނިސްބަތްވާ އަވަށުން އެކަނި ވޯޓު ހޯދައިގެން ވެރިކަމަށް އާދެވެން ނެތީމާކަން މިއަދު ހަނދާނެއް ނެތްދޯއެވެ. އެކަމަކު އެއިރުވެސް ރަށްފުށުގެ މީހުންނޭ ކިޔައި ކުރި މަލާމާތް އަޑުއެހި މީހުން މަދެއް ނޫނެވެ. މިއަދު ވެސް ތިޔައީ ހަމަ އެމީހާއެވެ. އެހެން ހަސީލަތެއް ގައިމުވެސް ތިޔަކުން ނުފެންނާނެ ތާއެވެ. ބުނަން ހެއްޔެވެ؟ ބަޖެޓު ގޯސްވެގެން ތިޔަ އުޅެނީވެސް ބޭބޭފުޅަށް ބޮޑުވަޒީރުކަން ދެވޭނެ ގޮތައް ތިޔަ ބަޖެޓުގައި ބިލިޔަނުން ފައިސާ ނުހިމެނީމަ ދޯއެވެ؟ އެކަމަކުވާ ދިވެހީންނަކު އަދި ތިޔަކިޔާ ލަވަޔަށް ނަށާކަށް ނޫޅެއެވެ.

    ދެބުރިކޮށް އެއްބުރި ތެންމައިގެން އޮރިޔާން ހާލުގައި ޕޫލަށް އެރިގެން އެންމެންނަކު އުޅޭކަށް އަދި ބޭނުމެއް ނުވެއެވެ. ތިޔަ މަލާމާތް ކުރާ ރާއްޖެތެރޭގެ ކުޅަނދު މަދު މީހާ މިހުރިހާ ދުވަހު ނަޖިސްފެނުން ފެންވަރައިގެން އުޅުނުއިރު ގޮއްޔެ މީރުފެނުން ފެންވަރައި ހެދިއިރު ހިތަށް އެރީ ކޮން އެއްޗެއް ބާވަޔޭ ހީވެއެވެ. ދެ ލޯހުޅުވައިގެން ނިކަން ބަލާބަލާށެވެ. ރަށްރަށުގައި ހަދަނީ ހަމައެކަނި ބަނދަރު ހެއްޔެވެ؟

    ގޮއްޔެއަށް ވުރެ މޮޅަށް ރަށްރަށު ދަރީންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު މި ސަރުކާރުން ހުޅުވާލަ ދިނީތީވެ ތިހިރަ ހަސަދަ ބާލާވަރެއް ދޯއެވެ. ރަށްރަށުގައި ހޮސްޕިޓަލްތައް ތަރައްގީ ކުރެވި އަތްގާޑިޔަލުގައި ބަލިމީހުން އުފުއްލި އުފުއްލުމަށް މި ސަރުކާރުން ހައްލު ހޯދައި ދިނީމާ ތިޔަހަރަ އަރާ ރުޅިޔެއްދޯއެވެ.

    ރަށުމީހާ ތާރުއެޅި މަގުގައި ފައިޖައްސާތީވެ ދެލޯމުދުނަށް އަރައިގެން ނުތެޅި މި އުޅެނީ ތިމާގެ ބޭފުޅާޔަށް ބޮޑުވަޒީރުކަން ހޯދައިދޭން ނިޒާމު ބަދަލު ނުކުރެވިގެންނޭ ގޮވިނަމަ އެހެން މީހުންވެސް އެވާހަކަ ގަބޫލުކޮށްފީހެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ބަރުލަމާނީ ގެނެވުނަސް ދެންމިހާރު ތިޔަ އުޅުއްވާ އައްޗިފާޑުން ތިޔަ ބުނާ މީހަކަށް ބޮޑުވަޒީރުކަން ދޭންވެސް ތިޔަ އުޅޭ މަދުމީހުން ކޮޅުމެނުވީ ތާއީދެއް ނުކުރާނެކަން ޔަގީނެވެ.

    ]]>
    Sun, 27 Nov 2022 01:25:02 +0500 ހީރަސް
    ކިމްޖޮން އުން އާއި ދުނިޔެ ސުލްހަކުރުމަށް ޗައިނާ https://heerasnews.com/740 https://heerasnews.com/740 ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އަކީ ދުނިޔެއަށް ހުރި ނުރައްކަލެއް ކަމަށް ބަލާ ދުނިޔެ ގިނަ ގައުމުތަކުން ވަނީ އެކި ވަރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ ދުނިޔެއާއި އެކަހެރި ކޮއްފައެވެ. ޗައިނާގެ ރައީސް ޒީ ޖިންގްޕިން އިއްޔެ ނެރުނު ރަސްމީ ނޫސްބަޔާނުގައި ޕިޔޯންޔަންގ އާއި ދުނިޔެ އައު ފާލަމަކުން ގުޅާލާ  ގުލޯބަލް ޕީސްއެއް ގާއިމް ކުރުމަށް ދުނިޔެއާއި އެކު ނޯތުކޮރެއާ ސުލްހަކުރުމަށް ޗައިނާ މެދުވެރިއެއްގެ ރޯލުގައި ކުޅުމަށް ތައްޔާރަށް އޮތް ކަމަށް ވަނީ ބުނެފައެވެ.

    ޗައިނާއިން މި ބަޔާން މި ނެރުނީ މިދިޔަ ހަފްތާގައި ނޯތު ކޮރެއާއިން އިންޓަކޮންޓިނެންޓަލް ބެލެސްޓިކް މިސައިލެއް ޓެސްޓްކުރި ވަގުތާއި ދިމާކޮށެވެ. ނޯތު ކޮރެއާއިން އަލަށް ޓެސްޓްކުރި މި ސައިލް އަކީ އޭގައި ނިއުކުލިޔަރ ހަތިޔާރު ހަރުކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީގެ މިސައިލެކެވެ.

    މި މިސައިލް ޓެސްޓް ކާމިޔާބު ކަމަށް ބުނާއިރު ނޯތު ކޮރެއާގެ ނުރައްކާ ދުވަހެއް ދުވަހަކަށް ބޮޑުކަމަށް ބުނެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސައުތު ކޮރެއާ، ޖަޕާން، އޮސްޓްރޭލިއާ އާއި އެމެރިކާއިން ދަނީ މިސައިލް ޓެސްޓާއި ގުޅިގެން ނޯތު ކޮރެއާއަށް އެޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާ ކުރަމުންނެވެ.
    މިދިޔަ ހަފްތާގައި އިންޑޮނޭޝިޔާގެ ބާލީގައި ބޭއްވި ޖީ20 ގައުމުތަކުގެ ހަވާސާގައި އެމެރިކާގެ ރައީސް ޖޯބައިޑަން ވަނީ ޗައިނާގެ ރައީސް ޒީ ޖިންގްޕިން އާއި ކުރެއްވި ބައްދަލު ވުމުގައިވެސް ނޯތު ކޮރެއާގެ މައްސަލައަށް ދެބޭފުޅުން ވަނީ ވާހަކަ ދައްކަވާފައެވެ. ޗައިނާ އަކީ ނޯތު ކޮރެއާއި ވިޔަފާރީގެ ގޮތުން ވަރަށް ގާތް ކުޅުން ތަކެއް އޮންނަ ގައުމެކެވެ. ޗައިނާ އެދޭގޮތް ނޯތު ކޮރެއާއިން ހަދާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

    ނޮވެމްބަރ 18 ގައި ނޯތު ކޮރެއާއިން ކުރި މިސައިލް ޓެސްޓާއި ގުޅިގެން ޔޫއެން ސިކިއުރިޓީ ކައުންސިލްގެ އޯޕަން މީޓިންގައި ވާހަކަ ދެކެވި އެމެރިކާ، އިގިރޭސިވިލާތް، ފްރާންސް، އިންޑިއާގެ އިތުރަށް 14 ގައުމަކުން ވަނީ މިކަން ކުއްވެރިކޮއްފައެވެ. މިނިންމުގައި ޗައިނާ އާއި ރަޝިޔާއިން ނަންޖެހުމަށް ބޭނުން ނުވިކަމަށް ހުޅަނގުގެ ޑިޕްލެމެޓުންނާއި ހަވާލާދީ ނޫސްތަކުން ހަބަރުތައް ދެއެވެ.
    ނޯތު ކޮރެއާ ދުނިޔޭގެ ގައުމުތަކާއި ސުލްހަ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިއަކުން ޗައިނާއިން ބުނެފައެއް ނުވެއެވެ. ޗައިނާގެ މި ހުށައެޅުމަށް ނޯތު ކޮރެއާއިން ރައްދުގައި ނެރުނު ބަޔާނުގައި ޒީ ގެ ރިޔާސީ އައު ދައުރަށް މަރުހަބާ ކިޔުން ފިޔަވާ މާބޮޑު ވާހަކައެއް ނޯތު ކޮރެއާއިން ބުނެފައެއް ނުވެއެވެ.

    ]]>
    Sat, 26 Nov 2022 18:26:48 +0500 ހީރަސް
    ޔާމިނަށް ވޯޓް ހޯދާދޭން އުޅުމަކީ ބަލާވެރި ކަމެއް! https://heerasnews.com/739 https://heerasnews.com/739 ރާއްޖޭގެ 15000 ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔަވަމުން ދާކަން އެކުދިންނަކަށް ނޯޅޭނެއެވެ. އެކުދިންގެ ބެލެނި ވެރިންނަކަށްވެސް ނޯޅޭނެއެވެ. މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ސުޖާއަށް އެކަން ވާނީ ބަލާވެރި ކަމަކަށެވެ. ޔާމީނަށް އެ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންގެ ވޯޓު ނުލިބުމަކީ ސުޖާއަށް ވަރަށް ބޮޑު ބަލާވެރި ކަމަކަށް ވާނެއެވެ.

    އެކަމަކު ކުރާނީ ކީއްހެއްޔެވެ. ޔާމީނަކަށް ސުޖާއަކަށް އެކުދިންނަކަށް އެ ކަމެއް ކޮށެއް ނުދެވުނެވެ. ސުޖާމެން އުޅުނީ ދައުލަތް ދަވާލެވޭތޯއެވެ. އެކަން ފިސާރި ރަނގަޅަށް ކުރީމު ނޫން ހެއްޔެވެ. ދަވާލި ފައިސާއިން ބައިއެޅި މީހުން ފަހަރެއްގައި ޔާމީނަށް ވޯޓު ދީވެސް ފާނެއެވެ. އެކަމަކު ހިލޭ ޑިގްރީ ހަދާ ކުދިންނާ އެ ކުދިންގެ އާއިލާ ތަކުގެ ވޯޓު ހޯދުން ހަގީގަތުގައި ވެސް ސުޖާމެނަށް ވާނީ ނިކަން ބޮޑު ބަލާ އަކަށެވެ.  

    މިސްކިތާއި އިމާމުންގެ ވާހަކަ މާލޭސިޓީ ކައުންސިލުގައި ތިބެ ސުޖާމެން ނުދައްކާށެވެ. މަލޭގެ މިސްކިތް ތަކުގެ ކަރަންޓް ބިލު ނުދައްކާ މިލިޔަނުން ހަރަދު ކޮށްގެން ސްޓާފް ނައިޓު ބާއްވާ ބަޔަކު އިމާމުންނޭ މިސްކިތޭ ކިޔަން ލަދެއް ހަޔާތެއް ނެތެވެ.

    ތިޔަ ބުނާ އިމާމު ކޯހަކަށް ދައްކަންޖެހޭ ލޯލާރިއެއް ވެސް އިމާމެއްގެ އަތުން އިސްލާމިކް ޔުނިވަރސިޓީ އަކަށް ނުނަގާނެއެވެ. ސަރުކާރު ޒިންމާ ވެގެން ރާއްޖޭގައި ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ކޮންމެ މީހަކަށް ދައްކަން ޖެހޭ ކޮންމެ ފައިސާއެއް ދެއްކުމުގެ ހުރިހާކަމެއް ހިނގާނީ އެ ޔުނިވަރސިޓީއަކާ ސަރުކާރާ ދެމެދުގައެވެ. ސަރުކާރުން ދައްކަން ޖެހޭ ފައިސާއެއް ދަރިވަރު ލައްވާ ދައްކުވާކަށް އިސްލަމިކް ޔުނިވަރސިޓީ ފަދަ ސަރުކާރުގެ ޔުނިވަރސިޓީއަކުން އަމްދުން ނޫޅޭނެއެވެ.

    ތިޔަ އުޅެނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ. އާނއެކެވެ. ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ދަރިވަރުން ފެންވަރާ ޗޯކުޖަހާ ހަވީރު ފިނިބުރު ޖަހަންދާ ހަރަދެއް ހިލޭ ޑިގްރީ ސްކީމަކުން ނުދޭނެއެވެ. މީހަކަށް ވެރިކަމެއް ހޯދަދޭން ބޫތުކައިފައި ތިއްބަސް ހޭކެނޑޭކަށް ނުވާނެއެވެ. ޔާމީނު ކުރިން ނުކުރި ކަމެއް ދެން ވެސް ނުކުރާނެއެވެ. ހަމަ ތެދެކެވެ. ޔާމީނަށް ވެރިކަން ހޯދަދޭން ތިޔަ ފާޑަށް ރުނބާ މުށިން ގައިވީދުން ސުޖާމެނަށް ވާނީ ހަމަ ބޮޑު ބަލާ ވެރި ކަމަކަށެވެ.

    ]]>
    Sat, 26 Nov 2022 17:25:40 +0500 ހީރަސް
    އިބޫގެ މައްޗަށް އަންނިއަށް ކުރިހޯދޭނީ ހުވަފެނުން https://heerasnews.com/738 https://heerasnews.com/738 ލޮނދި ހިކައެއްހެން އަންނި އަތުން އެމްޑީޕީ ދޫވެގެން އެހެރަ ދަނީއެވެ. ޕާޓީ މުށުތެރޭގައި ބާއްވަން ކުރިން ކުޅުނު ޑްރަމާ މިހާރު ކުޅެގެން ކޮންމެ ފަހަރަކު ގޮއްވާލަނީ އަމިއްލަ އަތަށެވެ. ޕާޓީގެ އިސްސަފުގައި އުޅުނު އެންމެން ކަތިލާ އަޅާލިގޮތް ބަލަން ތިބި މީހުން އަންނިގެ ގޭމް ޕްލޭން ދަސްކޮށް ފިއެވެ. އެ ކެއްސެއް އަބަދަކު އެންމެންނަކަށް ނުދެވޭނެއެވެ.

    އާނއެކެވެ. އަންނިގެ ހީލަތާ މަކަރުން ސަންދާނު މީހުންގެ ދުވަސް ދުއްވާލިއެވެ. އިބްރާއާއި މުނައްވަރާއި ވަހީދުގެ މަގުބޫލުކަން ވެއްޔާ މޮޑެލިއެވެ. މުހައްމަދު ޝިހާބާއި ގޯގޯލަތީފާއި އިބްރާހީމް ހުސައިން ޒަކީގެ ވާގި ނައްތާލިއެވެ. އަލްހާނާއި އަލީވަހީދާއި ޑރ.ޑީޑީއާއި ބަކީ ކޮށްލިއެވެ. އިލްޔާސް ހުސައިން އިބްރާހީމާއި ފުރަހަނި ޝުއައިބާއި މީމު ސައްޕޭއާއި ހިސްޓޯއާއި އަދުނާން ހަލީމެއް މިއަދަކު ނެތެވެ.

    ނޭނގުނު ކަމަކީ ކަންކަން އަބަދު އެއްގޮތަށް ނޯންނާނެ ކަމެވެ. މަހެއް ފަހަލާނެ މަހެއް ހުރެދާނެއެވެ. ކަޅުއޮށު ބަނޑުދަށުން ކޮރަކަލި ބޮޑުވެ ކަޅުއޮއް ކާލާކަން ނޭނގުމަކީ މޮޔަކަމެވެ. ބޭޒާރުކޮށް ބޭކާރުކޮށް ފޮނުވާލުމަށްފަހު ބުނެ ކިޔައިގެން ރަނިންގ މޭޓަކަށް ވަހީދު ގެނެސް ރަނިންގ މޭޓްކަން ދިނުމުން ދިން ކެހި ހަނދާން ހުންނަންވާނެއެވެ. އެކަމަކު  ޑރ. ވަހީދުގެ ބަދަލު ހިފުމުން ރަނގަޅު ފިލާވަޅެއް ލިބުމުން އަދިވެސް ތިޔަ އުޅެނީ މައިތިރި ނުވެވިގެންނެވެ.

    އެކަކަށް އެކައްޗެއް ވެސް މިހާރަކު އޮޅިފައެއް ނެތެވެ. ތިޔަހެން އުޅެއުޅެ ހުއްޓާ އެކީ ތިބި އެންމެންހެން އަންނި ދޫކޮށްލައިފިއެވެ. ނައިބު ކަލޭގެވެސް އެހުރީ އެއްވަލަށް ހަދައިގެނެވެ. ޕާލަމަންޓުގެ ބާރު އަތުން ހިނގައްޖެއެވެ. ގައުމީ މަޖީލީހުގެ ކޮންޓްރޯލު ގެއްލިއްޖެއެވެ. ސެކްރެޓެރިއޭޓް ވެސް އަތުން ދޫވެއްޖެއެވެ. ކުރަން އުޅޭ އެއްކަމެއް ވަނީއެއް ނޫނެވެ. ޕާޓީ ގަނޑު އަތުން ބީވެ މަގުމަތިވެ ނިމެނީއެވެ. ޕާޓީ ތެރެއިން ރޮޒޭނާއާއި ފައްޔާޒު މައްޗަށް ކުރި ނުހޯދުނެވެ. ތިޔަ ވަރުން ދަންޏާ އިބޫގެ މައްޗަށް އަންނިއަށް ކުރި ހޯދޭނީ ހުވަފެނުންނެވެ.

    ]]>
    Sat, 26 Nov 2022 12:50:55 +0500 ހީރަސް
    އަބުރު ކަތިލައިގެން އަންނި ބޭނުންހާކަމެއް ނުވާނެ https://heerasnews.com/737 https://heerasnews.com/737 އަންނިގެ ޖިސްމެއް ނުވާ ހިޔާލީ ހަށި ހަސަނު ކުރުސީއެވެ. މީހުންގެ ދުލުގައި ހިފާ ދަމަން ނޫޅޭށެވެ. އެމްޑީޕީ ފެށިގެން އައި އިރު ބިރުކަނޑާލާފައި އިސްކޮށް ހަރަކާތްތެރިވި އެންމެންހެން ކުރުސީއަކަށްޓަކާ ކަތިލީ އަންނި ނޫން ދެވަނަ މީހެއް ނޫނެވެ. މަރަދޫ ދައިރާގެ މެންބަރ އިބްރަހީމް ޝަރީފަކީ އެގޮތަށް ކަތިލެވުނު ކަން ބަޅިއަކަށް ހަދާލީ ވަރަށް ބޮޑަށް ރޭވިގެންނެވެ. ޕާޓީ އަންނިގެ މުށުތެރެއަށް ގެންދިޔުމަށް ޕާޓީގެ ތެރޭގައި ބަސްވިކޭ އަޑުގަދަ އެންމެން ބޭރުކުރުމުގެ ހީލަތްތެރި ރޭވުމުގެ ތެރެއިންނެވެ.

    އައްޑޫ ޝަރީފަކީ މެންބަރުންގެ މެދުގައި މަގުބޫލު ދޫފަސޭހަ ބޭފުޅެކެވެ. ޝަރީފްގެ ތަގުރީރަކާ ނުލާ ހަރުގެ ޖަލްސާއެއް ކަންމަތީ ބައްދަލުވުމެއް ނުބޭއްވެއެވެ. ރަށް ރަށަށް އެމްޑީޕީ ތައާރަފް ކުރަން ކުރިއެއްވެސް ދަތުރެއް މަވޯޓާ ނެތި ނުކުރެއެވެ. އިންތިހާ ދަރަޖައަށް ޕާޓީގެ ތެރޭގައި ޝަރީފްގެ މަގުބޫލު ކަން ބޮޑުވެ އަންނިއަށް ހުރި ނުރައްކަލަކަށް މަވޯޓާ ވާހެންހީވެ ޝަރީފްގެ ދުވަސް ދުއްވާލާނެ ދަނޑިވަޅަކަށް އަންނި ހުރީ ބަލަބަލައެވެ.

    ބޭނުންވި ދަނޑިވަޅު ލިބުނީ ގާނޫނު އަސާސީ ތަސްދީގު ނުކޮށް ދިގުލާކަމަށް ބުނެ ރައީސް މައުމޫނާ ދެކޮޅަށް މުޒަހަރާ ކުރަން ރަށްރަށުން މީހުން ގެންނަން މަސައްކަތް ފެށި ހިސާބުންނެވެ. ގާނޫނު އަސާސީ ތަސްދީގު ކުރުމަށްވުރެ ބޮޑަށް ބޭނުންވީ ރަށްރަށުން މީހުންގެނުވައިގެން އެމީހުން ލައްވާ ނޭއްގާނި ހަރަކާތްތައް ހިންގާ ސިފައިންލައްވާ ބަޔަކަށް އަނިޔާކޮށް ގިނަ ބަޔަކު ޖަލަށް ފޮނުވުމެވެ. މުޒާހަރާގެ ތެރެއިން ބަޔަކު މަރާލާ މައުމޫނުގެ އަނިޔާވެރިކަމުގެ ސިފަ ބައިނަލްއަގުވަމީ ދުނިޔެއަށް ދެއްކުމެވެ.

    ގާނޫނު އަސާސީ މަގުމަތިން ތަންފީޒު ކުރުވާނަމުގައި ރަށްރަށުން މީހުން ގެނަސް ގިނަބަޔަކު އެ ބަހަނާގައި ގުރުބާން ކުރަން ޕާލަމެންޓްރީ ގްރޫޕަކަށް އެއް ބަހެއް ނުވެވުނެވެ. ކަމާ ޖެހުނީ އެ ހިސާބުންނެވެ. ޕާލަމެންޓްރީ ގްރޫޕް އޮފީހަށް ބަޔަކު ފޮނުވާ ހަމަ ނުޖެހުން ހިންގާ މަވޯޓާ ޝަރީފްގެ އަބުރު ކަތިލާ ނިންމާލީ ހަގީގަތެއް ނެތް ދޮގުތުހުމަތެއް އުފައްދައިގެންނެވެ.

    މަވޯޓާ ޝަރީފްގެ އަބުރު ކަތިލާ ޕާޓީން ބޭރުކޮށްގެން ވެސް އަންނި ހާސިލުކުރަން އެ ދުވަހު ބޭނުންވި މަގުސަދެއް ހާސިލެއް ނުކުރެވުނެވެ. އައްޑު އަތޮޅު ފޭދޫން ފުރައިގެން އައި ނަމޫނާ ދޯނި ނޫން ބަޔަކު އެއްވުމަކަށް އަންނާކަށް ނުފުރައެވެ. ނަމޫނާ ދޯނީގައި އައްޑޫން ފުރައިގެން އައީ އޭރު އައްޑޫގާތިބި އަމީން ފައިސަލާއި އައްބާސް އާދިލު ރިޒާއާއި އައިސީ ގެ ރޭވުމަކުން ވިއްސަކަށް މީހުންނެވެ.

    ޖިންސީ ގޯނާގެ ތުހުމަތު ޝަރީފް ބޮލުގައި އަޅުވާ ޕާޓީން ބޭރު ކޮށްލީ ކީއްވެކަން ދަންނަ މީހުން އަދި ތިބީ ދިރި ދުނިޔޭގައެވެ. ވާނުވާ އެމީހުނަށް އެނގެއެވެ. އެކަމަކު އަނެއްކާ ވެސް ހަސަނު ކުރުސީގެ ނަމުގައި އަންނި މީސް މީހުންގެ އަބުރު ނަގަލައިގެން ކުރަން ތިޔަ އުޅޭ ކަމެއް ދެނެއް ނުކުރެވޭނެއެވެ.

    ]]>
    Sat, 26 Nov 2022 12:11:00 +0500 ހީރަސް
    މާވަޑި އާދަނަށް މަޑުއްވަރި ފެނުނީ ފޮނުވަތު ހޮނދު ވަޅަކުން https://heerasnews.com/736 https://heerasnews.com/736 ހަތް އަހަރު ދުވަހު ވެރިކަމުގެ އާރާ ބާރުގައި ފައިނު މާވަޑި އާދަން މަނިކުމެން ތިބި އިރު ފެލިވަރު އޮތް ކަމެއް އާދަން މަނިކަކަށް ނޭނގެއެވެ. ފެލިވަރުގައި މަސްގަންނަ ފެކްޓަރީއެއް ހުންނަ ކަމެއްވެސް ދެނެއެއް ނެތެވެ. މަސް އައިސް ކުރަން ފެން އުފައްދާނެ އައިސް ޕްލާންޓެއް ހުއްޓެއް ނެތެއް ނޭނގެއެވެ. އަމްދުން މަޑުއްވަރީގައި މަސްވެރިން ތިބޭކަމެއް ވެސް މަޑުއްވަރީ މީހުން މަހަށް ދާކަމެއް ވެސް ނޭނގެއެވެ.

    އާދަން މަނިކާއެވެ. ވަޒީރުކަމުގެ މަސަންދުގައި އޮވެގެން މަޑުއްވަރީ މަސްވެރިން ނުފެނުނީ އައްޕަގެ ފޮނުވަތުން ތޮރުފި އިލި ވަޅަކުން ބެލީމާތާއެވެ. ހަށި ފާރަވެރިން ވަށާލާފައި އޮތް ވަރުން ފައިގެ ބޮޑުވައި އިނގިލި ކުރިވެސް ނުފެނުނީމާ އެހެން ވެދާނެއެވެ. ދެރައީ މިހާރުވެސް ދިމާލަށް ފެންނަން ހުންނަ ކަންތައްތައް ނުފެންނަ ވަރަށް ރޭކަނު ވެފައި ހުންނާތީއެވެ.

    ރާއްޖޭގެ ކޮންމެ މަސްވެރި ސަރަހައްދަކުން ދަތިކަމެއް ނެތި އައިސް ލިބެން ހުންނަކަން އާދަނަށް ނޭނގި ދާނެއެވެ. ދެކެން ބޭނުން ނުވާ ތަނެއް ތަން މިނަށް ލޯ ހުޅުވިޔަސް ނުފެންނާނެއެވެ. އެޅިހާ ބަތަކަށް ރިހަވެފައި ތިބޭ ހުސްބުޅީގައި ގަންނަ ރާގޮޑި ގަނޑެއްގެ ތެރެއަށް ވެއްޓިގަނެގެން ފޮޓޯ ނަގާފައި ޓްވީޓްކޮށް އަންމަގެ ހުނި ގުރާބޭ ކިޔަސް ތިޔަ ހަދާ ފިތުނައެއްގައި މަޑުއްވަރީ މަސްވެރިން ވެސް ނުޖެހޭނެއެވެ.

    މަނިއްގަޑާއެވެ. އަޅައިގެން ތިޔަ އުޅޭ ކަންނާޑީގެ ނަންބަރު ލޮލާ ދިމާވާ ނަމަ އެހެން މީހުނަށް ފެންނަ ތަންތަން އާދަނަށް ނުފެންނާންވީ ކަމެއް ނެތް ތާއެވެ. ހަތް އަހަރު ކަންކަން ކުރަން ލިބި ފެލިވަރު، ފެލިވަރަކަށް ހަދާލި ނަމަ ތިޔަހެން އުކުނޑި ކޮއްޓާކަށް މިހާރަކު ނުޖެހުނީހެވެ.

    ހަޔާތުގެ ކަންފުޅެއް ވެސް ނެތެވެ. އާބާތުރަ ފިލުވުމަށް ހަތް އަހަރު ވަންދެން އެއްވެސް ކަމެއް ނުކޮށް ފެލިވަރު ވީރާނާކޮށްލާ މަސްވެރިން އިނދަޖައްސާލި ބައިގަނޑު ނިކުމެ މަސްވެރިންނޭ އައިސްޕްލާންޓޭ ކީމާ ނިކަން ހުތުރެވެ. އާރާބާރު ލިބުނު ދުވަހު އުޅުނީ ބޮޑު މާލޫދު ހަރުގޭ ފުޅަށް މަތިން މީހުން އުކާ ދަތްދޮޅި ދުއްވުމުގައެވެ. މަޑުއްވަރިއާއި މީދޫ ކުދިން ކޮޅެއްގެ ރަނގަޅު ކަމުން ބޮޑު މަލޫދު ހަރުގެއިން ކެއިންކާން ފޮނުވާ ދިނީތީ ޅިސް ގޮވަންދެން ކައިފުރައިގެން އިނދެ އެ މީހުނަށް ނަނާ ހުވަފެން ތިޔަ ދައްކަނީ ޓްވިޓަރުގައެވެ. އައްޕަ އުއި ތެންމަން ގެންގުޅުނު ދެލި އުނބު ބޮލަށް އޮއްސާލައިގެން ނުވަރު ކަންނާޑިއެއްގެ ފަހަތަށް ދެލޯ ލައިގެން ހުރެ އެހެން މީހުން ކަނު ބަންނަން މާވަޑި އާދަނެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ.

    ]]>
    Sat, 26 Nov 2022 01:08:14 +0500 ހީރަސް
    ހަމަހަމަ 4 ގެ އެއް ލޭންޑްމާރކް އަކީ ފެނަކަ ސައީދު https://heerasnews.com/735 https://heerasnews.com/735 ރައީސް ސާލިހުގެ ސިޔާސީ ވާދަވެރިން އެންމެ ހަސަދަވެރި ވަނީ ފެނަކަ ކޯޕަރޭޝަންގެ ކާމިޔާބީ ތަކާއި މެދުގައެވެ. މީހުން އުޅޭ 150 ރަށަށް އަސާސީ ހިދުމަތްދޭ ފެނަކައިން ދެވޭ ހިދުމަތްތަކަށް ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑަށް ވަނީ ލިބިފައެވެ. ފެނަކައިން ދޭ ހިދުމަތްތަކަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހިދުމަތް ތަކަކަށް ވުމަކީ ވާދަވެރިންނަށް ހަޖަމުކުރެވޭ ކަމަކަށް ނުވެއެވެ.

    ވާނީ އެހެންތާއެވެ. މި ސާރުކާރު ވެރިކަމާ ހަވާލުވީ އިރު ވަރަށް ގިނަ ރަށްރަށުގައި ކަރަންޓްދޭ އިންޖީނުގެތައް ހުރީ ބައުވެ ހަސް ނެތިފައެވެ. ހުރިހާ ތަނެއްހެން ހުރީ އަވަށު ތެރޭގައެވެ. އާއްމު އުނދަގުލެއް ގޮތުގައެވެ.

    އިންޖީނުގެއިން އިވޭ އިންޖީނުގެ އަޑުފަށްގަޑު އެތައް ދުރު މިނަކަށް ފެތުރި ކެނޑިނޭޅި އިވިއިވި ހުރެއެވެ. އިންޖީނުގެ ތަކުގެ ކައިރީގައި ދިރިއުޅޭ މީހުންގެ ކަންފަތްތައް ހުރީ ބައްވެފައެވެ. އަޑުގެކޮޅަށް  ވާހަކަ ދައްކައިގެން ނޫނީ މީހަކު ދައްކާ ވާހަކައެއްގެ އަޑެއް ޖެހިގެން ހުންނަ މިހާއަށް ވެސް ނީވެއެވެ.

    އިންޖީނު ތަކުން އަރާ ދުމުން މުޅި އިންޖީނުގެތައް ހީވަނީ ދަރުން މަސް ކައްކާ ގެނދަބުޅީގެ ބަދިގެތަކެއް ހެންނެވެ. އިންޖީނުގެއިން އަރާދުމުން ހިސާބުގަނޑުގެ ގޭގެ އާއި އެ ގޭގޭގައި ގެންގުޅޭހާ އެއްޗެއް ވެސް ހީވަނީ ދެލި އަރާ ފުރެވައި ހުންނަ ތެލިތަކެއް ހެންނެވެ. ގޯތި ތެރޭގައި ހުންނަ ގަސްގަހުގެ ފަތެކޭ ދަރުބަދިގެއެއްގެ އަތްދޮށް ގަނޑަކާ ތަފާތެއް ނުހުރެއެވެ.

    އިންޖީނުގެއާ ފަސްހަސަތޭކަ ފޫޓް ދުރުގައި ހުންނަ ގޭގެ ވަޅުވަޅުގެ ފެންގަނޑެކޭ ތެޔޮފެން ލޯގަނޑެކޭ އެއްގޮތެވެ. އެއަށްވުރެ ކައިރީގައި ހުންނަ ވަޅުތަކުގެ ހާލު ހުންނާނެ ގޮތް ދެން ހިތައް ގެންނާށެވެ.

    ވޭތުވެ ދިޔަ 4 އަހަރު ތެރޭގައި ފެނަކައިން އެންމެ ބޮޑު އިސްކަމެއް ދިން އެއްކަމަކީ ރަށްރަށުގެ ރައްޔިތުންނަށް އިންޖީނުގެތަކުން ލިބެމުން ދިޔަ އަނިޔައާއި ދުއްތުރައިން ރައްޔިތުން މިންޖު ކުރުމެވެ. އެކަމަށްޓަކާ ކިތަންމެ ބޮޑު ހޭދައެއް ކުރަންޖެހުނު ކަމަށް ވިޔަސް އެކަންނުކޮށް ލަސްކޮށް ފަސްކުރާކަށް ފެނަކައިން ބޭނުމެއް ނުވިއެވެ.

    މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އަޒުމް ކަނޑަ އެޅުއްވީ ރަށްރަށުގެ ރައްޔިތުން އުފުލަން ޖެހިފައިވާ ވޭނާއި ތަކުލީފަށް ނިމުން ގެނެސް ދެއްވުމަށެވެ. ފެނަކައަކީ ރައްޔިތުންގެ އިހުސާސް ދަނެގެން ރައްޔިތުންގެ ލޯތްބާ އިތުބާރު ލިބިގެން ރައްޔިތުނަށް ހިދުމަތް ދޭ ކުންފުންޏެއް ކަމުގައި ވުމަށެވެ. ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ހެޔޮ އިހުސާސް އަމަލީ ގޮތުން ރައްޔިތުންނަށް ކޮށް ދިނުމަށެވެ.

    ބައުވެ ހަސްނެތި ވިރާނާ ވެފައިވާ 66 އިންޖީނުގޭގައި ވަނީ ހުސްވި ހަތަރު އަހަރުގެ ތެރޭގައި ތަޅު އަޅުވާ ބަންދު ކޮށްފައެވެ. މީހުނަށް އުނދަގޫ ނުވާ ހިސާބުގައި އެންމެ ޒަމާނީ ފެންވަރަށް އިއްޖީނުގެ ބިނާކޮށް ހިދުމަތްދޭން ފެށުމަށް ފަހުގައެވެ.

    އެތައް ޒަމާނެއް ވަންދެން ސަރުކާރު ތަކުން އިހުމާލު ވެފައިވާ ގައުމީ ބޮޑު މައްސަލައަކަށް މިސަރުކާރުން ފެނަކަ މެދުވެރިކޮށް ހައްލު ހޯދުމަކީ ކުޑަކުޑަ ހަރަދެއް ނޫނެވެ. ބޮޑު ހަރަދެއްކޮށްގެން ދާއިމީ ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ ކުރިމަގުގެ ފައިދާ މުޅި ރައްޔިތަށާއި ސަރުކާރާއި ފެނަކައަށް ނިހާޔަތަށް ބޮޑުވާނެ ކަމެކެވެ.

    މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ ލީޑަރޝިޕްގެ ދަށުން ކުރު މުއްދަތެއްގައި ހޯދި މި ބޮޑު ކާމިޔާބަކީ ރައްޔިތުންގެ ލޯތްބާ އިތުބާރު ފެނަކައަށް ލިބިގެން ދިޔަ ކަމެކެވެ. ވާދަވެރިންގެ ހަސަދައިގެ ލޯތައް މެނޭޖިންގ ޑިރެކްޓަރ ސައީދަށް ހުއްޓުނު ކަމެއް ވެސް މެއެވެ. ރައީސް ސާލިހުގެ ކާމިޔާބު ހަމަހަމަ 4 އަހަރުގެ އެއް ލޭންޑް މާރކް ކަމުގައި ފެނަކަ ސައީދު ވެގެން ދިޔައީ އެހެން ވެގެނެވެ. ވާދަވެރިންގެ އަމާޒު ފަތްގަޑަކަށް ފެނަކަ ސައީދު ވެފައިވަނީ ފެނަކައިގެ ކާމިޔާބީތަކަށް ހަސަދަ ވެރިކަން ބޮޑު ކަމުންނެވެ.

    ]]>
    Fri, 25 Nov 2022 19:57:51 +0500 ހީރަސް
    ބަދަލުވަމުންދާ މާހައުލާ އެއްގޮތަށް ސިފައިންވެސް ބަދަލުވާންޖެހޭ https://heerasnews.com/734 https://heerasnews.com/734

    ބަދަލުވަމުންދާ މާހައުލާއި އެއްގޮތަށް ސިފައިންވެސް ބަދަލުވަމުން ދާންޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީ ވިދާޅު ވެއްޖެއެވެ. މައުލޫމާތުގެ މި ޒަމާނުގައި މައުލޫމާތު ހޯދާ، އެއްކޮށް، ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް އަސްކަރީ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލްކަން ގާއިމްކުރުމަކީ ގައުމުގެ ބަދަލުވަމުންމިދާ ހާލަތުގައި ވަރަށް މުހިންމުކަމެކެވެ.

    ނޭއްގާނީ ވިސްނުމުގެ މީހުން އެ މީހުންގެ ޕްރޮޕެގެންޑާ ފަތުރަމުންދަނީ ސައިބާރ ނުވަތަ އިންފޮމޭޝަން ޑޮމެއިންގައެވެ. ޓެކްނޮލޮޖީ އާއި މީސްމީޑިއާއަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކުގެ ސަބަބުން ޓެރެރިޒަމްގެ ހަރަކާތްތައް ހިންގުމަށް ލިބޭ ފުރުސަތު އެ ވިސްނުމުގައި އުޅޭ ފަރާތްތަކަށް އިތުރުވެއެވެ. ކަމާކަންފަށަށް އެކަމަށް ހުސްވެގެން ޓެރެރިޒަމާއި ހަރުކަށި ފިކުރު ފެތުރުމުގައި އަބަދާ އަބަދު ބަޔަކު އުޅޭކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވެއެވެ.

    އާއްމުކޮށް ހިންގާ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމާއެކު، އޭރިއާ ކޮމާންޑްތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ހިނގާ އެ ފަދަ ވިސްނުންތަކާއި ރޭވުންތަކަށް ފާރަވެރިވެ، އެކަންކަމުގެ މައުލޫމާތު ހޯދާ ދިރާސާކޮށް އޭގެ މައްޗަށް ބިނާކޮށް ހަރަކާތްތައް ބައްޓަން ކުރުމަކީ މިއަދު ވަރަށް ބޮޑަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގެ ގާބިލްކަން ސިފައިންގެ އޭރިއާ ކޮމާންޑް ތަކުގައި ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަ ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރ ދެކިވަޑައި ގަންނަވައެވެ.

    ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ޓުއަރިޒަމަށް ބަރޯސާ ވެފައިވާ، ނާޒުކު އިގްތިސާދެއް އޮތް ކުޑަ ގައުމެއްގައި، ޓެރެރިޒަމްގެ ހާދިސާއެއް ހިނގުން ވެގެންދާނީ، އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ކަމަކަށް ކަމަށެވެ.

    ]]>
    Fri, 25 Nov 2022 16:46:37 +0500 ހީރަސް
    ބްކިންގތައް ކެންސަލްވެ، ސަރވިސްޗަރޖް ދަށެއްނުވާނެ: ޓީމް https://heerasnews.com/733 https://heerasnews.com/733 ޓީޖީއެސްޓީ ބޮޑުކުރުމަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްތަކުރާ މުވައްޒަފުންގެ ސާވިސް ޗާޖުން 2000ރ. ކުޑަ ނުވާނެ ކަމަށާއި ބުކިން ކެންސަލްވާނެ ކަމަށް ނުފެންނަކަމަށް ޓީމުން ބުނެފިއެވެ. ހަމައެކަނި ޓެކްސް އިތުރުކުރާ ގުޅިގެން އެފަދަ ބަދަލެއް އަންނާނެ ކަމަށް ޓީމުން ގަބޫލެއް ނުކުރެއެވެ. މީގެ ކުރިން ޓެކްސް ބޮޑުކުރުމުން ބުކިންގ ތަކަށް ބަދަލެއް އައިސްފައި ނުވާ ކަމަށް ޓީމުން ބުނެއެވެ.

    ޓެކްސް ބޮޑުކުރުމުން ޓުއާރ އޮޕަރޭޓަރުންނާއި ޓޫރިސްޓު އޮޕަރޭޓަރުންގެ ފައިދާއަށް ކޮންމެވެސް ވަރަކަށް އަސަރު ކުރާނެ ކަމަށް ޓީމުން ލަފާކުރެއެވެ. އެހެން ނަމަވެސް ޓެކްސް އިތުރު ކުރުމުން އެކި ސިނާއަތް ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ޓީމުން ދެކެއެވެ. ސަރުކާރުގެ އެފަދަ ސިޔާތު ތަކަށް އެ ޖަމިއްޔާއިން މަރުހަބާ ކިޔައެވެ.

    ޓޫރިޒަމް އިންޑަސްޓްރީގައި ވަޒީފާ އަދާކުރާ މުއައްޒަފުންގެ ޖަމިއްޔާއިން ދެކެނީ " ދައުލަތުގެ އާމްދަނީ އިތުރުކޮށް އިގްތިސާދީ ހާލަތު ރަނގަޅުކޮށް މުވައްޒަފުންގެ މުސާރަ އިތުރުކޮށް ރައްޔިތުންގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް ވިޔަފާރިތަކުން ޓެކްސް އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެއް" ކަމަށެވެ. އޭގެ އިތުރުން ޓޫރިސްޓުންގެ އަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި ހަމަ އެހެންމެ އާމްދަނީއިން ނެގޭ ޓެކްސް (އިންކަމް ޓެކްސް) ޕްރޮގްރެސިވްކޮށް ކޮންމެހެން އިތުރުކުރުމަކީ މުޅި ގައުމުގެ އިގްތިސާދު ކުރިއަށް ގެންދިއުމަށްޓަކައި އަދި މާ މުހިންމު ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ދެކެއެވެ.

    ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮކުރުމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނި ވެސް ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ގެއްލުންވާނެ ކަމަށް މަޓާޓޯއިން ބުނާ ބުނުމާ ޓީމުން ދެކޮޅު ހަދައެވެ. ސަރުކާރުގެ އެ ނިންމުން ބަދަލުކުރުމަށައި މަޖިލީހުން އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް މަޓާޓޯއިން ގޮވާލާ ގޮވަލުމާ ދެކޮޅު ހަދާ ކަމުގެ ހަގީގަތް އޮތްގޮތް ސާފުކޮށް ދިނުމަށް ޓީމުން ވަނީ ބަޔާނެއް ނެރެފައެވެ.

    ]]>
    Fri, 25 Nov 2022 15:45:27 +0500 ހީރަސް
    ޖިއްދާގައި ފެންބޮޑުވެ ދެމީހަކު މަރުވެއްޖެ https://heerasnews.com/732 https://heerasnews.com/732 ސައޫދީ އަރަބިއްޔާގެ ހުޅަނގަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ވެރިރަށް ޖިއްދާގެ މަގުތަކުގައި ފެން ބޮޑުވެ ދެމީހަކު މަރުވެއްޖެއެވެ. ކޮންމެހެން ނިކުންނަން ޖެހިގެން ނޫނީ މަގުމައްޗަށް ނިކުމެ ނޫޅުމަށް ވެސް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ. ފްލައިޓްތައް ޑިލޭވެ ޖިއްދާ އެއަރޕޯޓްގެ ތަރުތީބުގެއްލި ބައެއް ޔުނިވަރސިޓީތަކާއި ސްކޫލްތައް ވެސް ބުރާސްފަތި ދުވަހު ބަންދު ކުރަން ޖެހުނެވެ. މައްކާއާއި ޖިއްދާއާއި މައްކާ ގުޅުވާދޭ މަގުވެސް ވަގުތީގޮތުން ބަންދު ކުރަން ޖެހުނެވެ. 

    ސައޫދީ އަރަބިޔާގެ މޫސުމާބެހޭ ގައުމީ އިދާރައިން ބުނިގޮތުގައި ބުރާސްފަތި ދުވަހު 179 މިލިމީޓަރއަށް ޖިއްދާއަށް ވާރޭ ވެހުނުކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިހާތަނަށް މިހާވަރަށް ޖިއްދާއަށް ވާރޭ ވެހުނު ކަމުގެ ރެކޯޑެއް ނެތްކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

    ބޯވާރޭގައި ތަވާފުގެ އަޅުކަން ހަރަމްފުޅު ތެރޭގައި ކުރަމުން ދިޔަކަމަށް ރިޕޯޓް ލިބެއެވެ.

    މައްކާގެ މިނިސިޕަލް ހިދުމަތުގައި ވިއްސާރަ މޫސުމަށް 11800 ފީލްޑްވޯކަރުންނާއި ފެންހިންދުމަށް ބޭނުންވާ އުޅަދާއި ވަސީލަތްތައް ތައްޔާރަށް އޮވެއެވެ. އޭގެތެރޭގައި 194000ގެ 52 ފެންތާނގީ ފެން ހިއްކުމަށް ބޭނުން ކުރެއެވެ.

    ]]>
    Fri, 25 Nov 2022 14:19:09 +0500 ހީރަސް
    ރާހުލް ގާނދީ ފައިމަގުގައި މުޅި އިންޑިޔާގައި ހިގުން https://heerasnews.com/731 https://heerasnews.com/731 ރާހުލް ގާނދީ ފައިމަގުގައި މުޅި އިންޑިޔާގައި ހިގުންމަށް މިދިޔަ ސެޕްޓެމްބަރ 7 ވަނަ ދުވަހު ފެށި ހަރަކާތަކީ "ބާރަތު ޔާތުރާ ޔޮދާ ޔާތުރާ" ގެ ނަމުގައި ފެށި ހަރަކާތެކެވެ. އިންޑިޔާގެ އެންމެ ދެކުނުގައި އޮންނަ ރަށް ކަމުގައިވާ ކަންޔާކުމާރީން ފެށި ހިގުނމުގައި  ޓަމިލްނާޑޫ ސްޓޭޓުން ފިލްމުސްޓާރު ކަމަލް ހަސަން ވަނީ ރާހުލްގެ ހިގުމުގައި ބައިވެރި ވެފައެވެ. އަދި އިއްޔެވަނީ މަހަރާސްތާ ސްޓޭޓް ހުރަސްކޮށް މަދިޔަޕްރަދޭސް އަށް ވަދެފައެވެ.

    ރާހުލް ގާނދީގެ މި ހިނގާލުމުގައި ބައިވެރިވުމަށް އިންޑިޔާ ކޮންގްރެސްޕާޓީގެ އިސް އެތައް މެންބަރުންނާއި އާންމުން ދަނީ އެކި ހިސާބުން ގުޅެމުންނެވެ. ކޮންގްރެސްޕާޓީގެ އާންމު މެންބަރުންގެ އެންމެ ބޮޑު ތާއީދެއް އޮންނަ ރާހުލް ގާނދީގެ ކޮއްކޯފުޅު ޕްރިޔަންކާ ގާނދީ ވަދުރާ ވަނީ އިއްޔެގެ ވަގުތެއްގައި މިހިނގާލުމާ މަދިޔަޕްރަދޭސް އިން ގުޅެފައެވެ. އިންޑިޔާގެ އެކި އެކި ސްޓޭޓްތަކުގެ އެކި އެކި މައިދާން ތަކުގައި މި ހިނގާލުމުގައި އެއްވުންތަކާއި ޖަލްސާތައް ދަނީ ބާއްވަމުންނެވެ. އަދި މި ހިނގާލުމުގައި ނިކަމެތި ރައްޔިތުންނާއި ބައްދަލުކޮށް ހާލު އަހުވާލު ބަލާ ޝަކުވާތައް ދަނީ އަޑު އަހަމުންނެވެ.

    އިންޑިޔާގެ ކޮންގްރެސްޕާޓީ އަކީ އިންޑިޔާ މިނިވަން ވީފަހުން އެންމެ ގިނަ ދުވަހު ވެރިކަން ކުރަމުން ދިޔަ ޕާޓީ އެވެ.  އިންޑިޔާގައި 2014 ގައި ބޭއްވި ޖެނެރަލް އެލެކްޝަން ވެގެންދިޔައީ އިންޑިއަން ނެޝަނަލް ކޮންގްރެސްއަށް ޖެހެމުން ދިޔަ  ކާމިޔާބުގެ ވައި އެއްކޮށް ބަދަލު ކޮއްލި އިންތިހާބަކަށެވެ. 2014 ގެ ޖެނެރަލް އެލެކްޝަން ގައި ކޮންގްރެސް ޕާޓީ އަށް ލިބުނީ އެންމެ 44 ގޮޑިއެވެ. އަދި އެ އިންތިހާބު ބޮޑު ތަނުން ކާމިޔާބުކުރީ ބީޖޭޕީ ޕާޓީންނެވެ. ބީޖޭޕީގެ ލީޑަރަކަށް މިހާރުގެ އިންޑިޔާގެ ޕްރައިމިނިސްޓަރ ނަރެންދުރަ މޮދީ އިންތިހާބުކޮށް ޕްރިމިނިސްޓަރަކަށް ވެވަޑައިގެންނެވި ފަހުން ކޮންގްރެސް ޕާޓީއަށް އިންޑިޔާގެ ސްޓޭޓް ތަކުގައި ކުރަމުން ދިޔަ ތާއީދު ދިޔައީ ދުވަހެއް ދުވަހަކަށް ގެއްލެމުންނެވެ. އަދި އިންތިހާބު ތަކުގެ ނަތީޖާ ތަކުން ދުވަހެއް ދުވަހަކަށް އަންނަނީ ކޮންގްރެސް ޕާޓީ ބަލިވަމުންނެވެ.

    ރާހުލް ގާނދީގެ ބާރަތު ޔާތުރާ ގެ ސަބަބުން އެ ޕާޓީއަށް ކުރިން އޮތް ތާއީދު ހޯދޭނެތޯ އެއީ މިހާރު އުފެދޭ ސުވާލެކެވެ. ރާހުލްގެ ޕޮޕިއުލަރިޓީ ކުޑަވެގެން ދިޔުމުން ޕާޓީގެ ލީޑަޝިޕުން ވަކިވުމަށް ވެސް ވަރަށް ގިނަ ފަހަރު ރާހުލް ވަނީ މަސައްކަތްކޮއްފައެވެ. ރާހުލްގެ ލީޑަރޝިޕް އާއި ދެކޮޅަށް އެ ޕާޓީގެ ބައެއް އިސްލީޑަރުން ޕްރޮޓެސްޓްކޮއްފައި ވެސް އެބަހުއްޓެވެ. އަދި ޕާޓީގައި ނަގާކިޔާ ލީޑަޝިޕްގެ ބައެއް ވެރިން ވެސް ޕާޓީ ދޫކޮށްގޮސްފައި ވެސް އެބަހުއްޓެވެ. ރާހުލްއަށް ޕާޓީ ތެރެއިންނާއި ޕާޓީ ބޭރުން ތަފާތު ފިއްތުންތައް ކުރިމަތިވި ނަމަވެސް " ބާރަތު ޔާތުރާ" ފުރިހަމަ ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

    މަދިޔަޕްރަދޭސްގެ އިންތިހާބު އަންނަ އަހަރު ބޭއްވުމަށް ތާވަލުގައި ވާއިރު ރާހުލްގެ ބާރަތު ޔާތުރާ ގެ ސަބަބުން ބީޖޭޕީގެ މައްޗައް މަދިޔަޕްރަދޭސްގައި ކުރިހޯދޭނެ ކަމަށް ނޫސްތަކުން ބުނެއެވެ. ޝެޑިއުލުގައިވާ ގޮތުން މަދިޔަޕްރަދޭސް ދޫކޮށް ރާޖަސްތާނަށް ޑިސެމްބަރ 4 ގައި ފޯރާނެކަމަށް ބެލެއެވެ. މަދިޔަޕްރަދޭސްގެ މަލްވާ ނިމާރު ރީޖަން 380 ކިލޯމީޓަރުގެ ކަވަރު ކުރުމަށް 12 ވަރަކަށް ދުވަސް ނަގާނެއެވެ.

    ]]>
    Fri, 25 Nov 2022 00:06:36 +0500 ހީރަސް
    އީވާގެ ބަނގުރޫޓް ލޯބި https://heerasnews.com/730 https://heerasnews.com/730 އީވާގެ ޒަވާޖީ ހަޔާތުގެ ލޯބީގެ ވާހަކައެއް ނޫނެވެ. އީވާގެ އެ ނޫން އެހެން ވާހަކަ އަކަށް ވިޔަސް ޒަވާޖީ ލޯތްބަށް ވެފައި އޮންނަ ގޮތަކީ ގާތްގަނޑަކަށް އެންމެން ވެސް ވާގޮތެކެވެ.

    މި ދައްކަނީ އީވާމެން ގައުމު ދެކެވާ ބަނގުރޫޓް ލޯބީގެ ވާހަކައެވެ. 2018 ގައި މަގުތައް މަތީ ހޭވުނީ ގައުމު ދެކެ ލޯބިން ކަމަށް ހީކުރީމެވެ. ނޫނެކެވެ. މިހާރު މި އެނގެނީ އެހެން އެއްޗެކެވެ. އެ އުޅުނީ ގައުމު ދެކެ ވީ ލޯތްބަކުން ނޫނެވެ. އަންނިބޭ ޖަލުން ނެރެ، ބަރުލަމާނީ ގެނެސް ބޮޑު ވަޒީރުކަން ހޯދުމުގެ ލޯބީގައެވެ. އެއީ ގަލޮޅާ މާލެ އާއި ރާއްޖޭގެ ރައްޔިތުންނާ ކުޑަ ގުޅުމެއް ވެސް އޮތް ލޯތްބެއް ނޫނެވެ. އެކަން މި އެނގެނީ މިހާރު ތާއެވެ. އެހެރަ އުޅުއްވާ ގޮތަކުންނެވެ.

    ވަގެއްޗޯރެއް، ބާގީއެއް ފާސިގެއް މައުމޫނެއް އެ ދުވަހު އީވާމެންނަކަށް ނެތެވެ. ގައުމުގައި އޮތިއްޔާ އޮތް ބަޔަކު އެއްކޮށް ފައްޗަކަށް އަމުނައިގެން  ގެނެސް ހާރެއްހެން  އިބޫ ކަރުގައި އެ ދުވަހު އެޅުވީ އަންނި އާއި އީވާ އާއި ދެމީހުން ވެގެންނެވެ. އިމްތިޔާޒު ފަހުމީ ހުރީ އެ ކަމަށް ބާރުދީގެން ރެޕް ލަވަ ކިޔާށެވެ. ޝޭހުވައްޑެ ހުރީ އެ ވަރުގެ މޮޅު މާތް ކަމެއް ނެތް ކަމަށް ވައުޒު ބުނާށެވެ. ގިޓާ ހުރީ އެ ފޯރި ގަނޑުގައި ގިޓާ ޖަހާށެވެ.  ބޯދިގުމެން ބީޓަށް ބޯހެލުވީއެވެ.  

    އިބޫ ގާތު ބުނީ މި އެންމެން ގޮވައިގެން ގާނޫނު އަސާސީގައި ބުނާ 5 އަހަރުގެ ދައުރުގައި ވެރިކަން ކުރުމަށެވެ. ހުރިހާ މަގާމަކާ ހުރިހާ މޮޅެއް އޮތީ އެމްޑީޕީ މީހުންނަކަށް ނޫނޭ ބުނެ މިއަދު މި މީހުން ކަރުން ނާރު ނަގާފައި ބުނާ އިރު އެމްޑީޕީ ނޫނަސް ގައުމުގައި ތިބިހާ ބަޔަކު ގެނެސް އިބޫއާ ހަވާލު ކުރީވެސް މިބައި މީހުންނެވެ. 

    އެމްޑީޕީގެ ނަމުގައި މަގާމް ދޭން ބޭނުންވި މީހުނަށް މަގާމުތައް ހޯދަދީފައި ޕެޕަރ ސްޕްރޭގައި ޖެހުނު އެންމެންނަށް ވަޒީފާ ނުދެވޭނެ ކަމަށް ބުނީ ވެސް އަންނިއެވެ. އެރޭ ވެސް ބަނގުރޫޓް ލޯބި ޓީމް ތިބީ އަތްޖަހާށެވެ. ގެއަށް ވަން ފައިސާ ހަލާލެއް ނޫނޭ ޔާމީން ބުނިރޭ ޕީޕީއެމް މީހުން އަތްޖެހި ގޮތަށެވެ. މިހާާރު އެވަރުގެ ކަމުނުދާ މީހަކު ނެތިގެން އުޅޭ ރޮޒޭނާ ވަރުގެ މީހަކު އެ ދުވަހަކު ނެތެވެ. އެކުގައި ދުފާ ދުންބޮއެ ހީސަމާސާ  ކުރިއިރު ހީވެސް ނުވެއެވެ.  

    ރަށެއްގެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތާ  ސިއްހަތާއި ތައުލީމާ ބަނދަރާ މަގާ ނަރުދަމާއާ އާރުޓީއެލް ލޯންޗަކީ އީވާގެ އުންމީދަށް ނުވިޔަސް އެއީ ރަށްރަށު މީހުންގެ އުންމީދެވެ. އިބޫ ސާލިހް އެގެންދަވަނީ އެކަން މުޅި ރާއްޖޭގައި ކުރައްވަމުންނެވެ.  

    މާލޭ މީހުން ބޭނުންވާ ބަނދަރެއް ނެތެވެ. މާލެ އަށް ބޭނުންވަނީ ގޯތިގެދޮރެވެ. ބަނގުރޫޓް ލޯބީގެ އަވާގައި އީވާ ހުންނަވަނިކޮށް ގަލޮޅު އުތުރު މީހުންނަށް ވެސް ގޯއްޗާ ފްލެޓް ދެއްވާނީ ރައީސް އިބޫއެވެ. ތިޔަ ގޮނޑިއެއް ހޫނު ކުރާތާ ފަނަރަ އަހަރު ވަނީއެވެ. އީވާ ކީކީނުން ގޭ ގޯޅި ހުސްކޮށްގެން ދާއިރާ މީހުނަށް ދައްޗެއް ނޫނީ ކުރެވުނު ހެއްޔެވެ. 

    ޒުވާނުންނޭ ކިޔާ ވާހަކަ ދައްކާ އިރު 15 ހާހަށް ވުރެ ގިނަ ދަރިވަރުން ތިބީ ހިލޭ ޑިގްރީގައެވެ. ޖޫނިއަރ ކޮލެޖާ ހުނަރާ ތަމްރީނުގައި އަވަދި ނެތި އުޅޭ ޒުވާނުންގެ އުންމީދާ އީވާގެ އުންމީދާ ދިމައެއް ނުވާނެއެވެ. އީވާގެ އުންމީދަކީ ވެރިކަން ވައްޓާލުމެވެ. ރާއްޖެ ބަނގުރޫޓްވެ ރައްޔިތުން ބަނޑަށް ޖެހުމެވެ. އެހެން ކިޔައިގެން މީހުން ރުޅިއަރުވާ ފިތުނަ ކުރުމެވެ. އެމްޑީޕީ ފަޅާ ކުދިކޮށް ފުނޑާލުމެވެ. 

    ވެރިކަމާ ހުރެ މައުމޫނާ ދުންޏާއަށް އެ ވަރުވީ 30 އަހަރު ވެރިކަން ކޮށްގެންނެވެ. އެންމެ 3 އަހަރުގެ ވެރިކަމަކުން އަންނިއާ އީވާއަށް ވެފައި ތިޔަ ތިބީ މާ ބޮޑުވަރެވެ.

    ]]>
    Thu, 24 Nov 2022 21:02:16 +0500 ހީރަސް
    އެމްޑީޕީ ސިފައިގެ އަސްލު ވައުދަކީ އަންނިއަށް ވެރިކަން ހޯދުން https://heerasnews.com/729 https://heerasnews.com/729 ގަލޮޅު މީހާއަށް އެމްޑީޕީ މިހިރަ ސިފަވާ ގޮތެކެވެ. އެކެއްގެ ވަށައިގެން މީހުން އެނބުރެން އަންނި ނޫން މީހަކު ކަމަކު ނުދެއެވެ. ތާއަބަދު ވެރިކަމުގައި ހުންނަން ޖެހޭނީ އަންނިއެވެ. ވެރިކަން އޮންނަން ޖެހެނީ ކެނެރީގޭގައެވެ. އެމްޑީޕީގެ ރައީސްކަމުގައި އަންނި ނޫން މީހަކު ހުރެގެން ނުވާނެއެވެ. ޕާޓީގެ އިސް ހުރިހާ މަގާމެއްގައި ތިބެން ޖެހެނީ އަންނިގެ ގޮނޑި ކޮއްކޮއިންނެވެ. ޑިމޮކްރަސީއަކީ އަންނިއެވެ. އެމްޑީޕީގެ ފިކުރަކީ އަންނި ގެ ފިކުރެވެ. އެމްޑީޕީ އަކީ އަންނިއަށް ވެރިކަން ހޯދަދީ އަންނިގެ ވެރިކަން ދެމެހެއްޓުމުގެ މާނަވީ ނަމެވެ. އެމްޑީޕީ އެސިފަތައް ދޫކޮށް އެހެން ގޮތަކަށް މިސްރާބު ހިފީމާ ގަލޮޅު މީހާގެ ރުޅި މަޑެވެ.

    އެމްޑީޕީ ސިފައިގެ އެމްޑީޕީގެ އަސްލު ވައުދަކީ ވެރިކަމުގެ ހުރިހާ ބާރެއް ނަޝީދަށް ހޯދުމެވެ. ރައީސްކަން ދެންޏާ ބަރުލަމާނީއެއް ބޮޑު ވަޒީރު ކަމެއް މުހިންމެއް ނޫނެވެ. ވޯޓަކުން ރައީސްކަން ލިބެން ނެތަތީ ބަރުލަމަނީ ގެނެސް ބޮޑުވަޒީރުކަން ނަޝީދަށް ނުލިބޭ ގޮތަކަށް ކުރެވޭ އެއްވެސް ކަމަކީ އެމްޑީޕީ ސިފައިގެ ވައުދެއް ނޫނެވެ. ގަލޮޅު މީހާ ބުނާ އެމްޑީޕީ ސިފައިގެ އަސްލު ވައުދަކީ މީހުންގެ ކަންބޮޑުވުމާ ގުޅިފައި ހުރި ކޮޅެއް މެދެއް ނެތް ނަތީޖާ ނުނެރޭވޭ ކަންކަމުގެ ވާހަކަ ދައްކާ ރައްޔިތުން ޅޮސް އުދޯއްޔަށް ލުމެވެ.

    ގަލޮޅު މީހާ ބުނާ ގޮތުން ރާއްޖޭގެ ހުރިހާ ރަށްރަށުގައި ބަނދަރު ހެދުމަކީ އިގްތިސާދަށް އެއްވެސް މަންފާއެއް ވާނެ ކަމެއް ނޫނެވެ. ރަށްރަށުގައި ފެނާ ނަރުދަމާ އެޅުމަކީ އިގްތިސާދަށް އޭގެ އެއްވެސް ފައިދާއެއް ވާނެކަންކަން ކަމަކަށް ނުވެއެވެ. ރަށްރަށުގެ ކަރަންޓް ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޭނުންވާ ކަރަންޓް ހަމައަށް ލިބޭނެ ގޮތް ހެދުމަކީ އިގްތިސާދަށް އެއްވެސް މަންފާއެއް ކުރަނެ ކަމަކަށް ނުވެއެވެ. ދޮޅު ރޯނާ ވިޔަސް މިދެން ފުކެއް ބޮޑުވަރެވެ.

    ރަށްރަށުގެ ބަނދަރު ހެދުމުން އެއްރަށުން އަނެއް ރަށަށް މީހުން އައިސްގޮސްވެ އުޅުމު އިގްތިސާދީ އިންޖީނު ހަލުވިވެ ހިނގުން ބާރުވާނެ ކަމެއް ގަލޮޅު މީހައަކަށް ނޭނގެއެވެ. އެއްރަށުން އަނެއްރަށަށް މުދާބަދަލުކޮށް އެއްރަށުގައި އުފައްދާ ތަކެތި އަނެއް ރަށަށް ގެންގޮސް ފަސޭހަކަމާއެކު ފޯރުކޮށް ދިނުމުގެ ވަސީލަތަކަށް ބަނދަރުގެ ފަސޭހަވުމުން ވިޔަފާރިތައް ހިގައިގަނެ ކިއްލި ހަދާ މީހާގެ ކިއްލި ރަށުތޮށިން ބޭރުވެ ވިޔަފާރި ފުޅާވާނެ ކަމެއް ގަލޮޅުމީހާ އަކަށް ނޭނގެއެވެ.

    ގެސްޓް ހައުސްތަކަށް އަންނަ ގެސްޓުމީހާ މީރު ފެނުން ފެންވަރައި ނަރުދަމާ ނިޒާމުގެ ފަސޭހަކަން އިހުސާސް ކުރެވުމުން އަންނަ ގެސްޓުން އިތުރުވެ ރައްޔިތު މީހާގެ ޖީބަށް ބޯކޮށް ޑޮލަރު ވަންނާނެ ކަމަށް ގަލޮޅު މީހާ ނުދެކެއެވެ. ގެސްޓް ހައުސްތަކާއި އާއްމު ރައްޔިތުންނަށް ރައްކާތެރި ކަމާއެކު ބޭނުން ވަރަކަށް ކަރަންޓް ލިބެން ހުރުމުން މަސައްކަތްތައް ހަލުވިވެ އިލެކްޓްރިކް އާލާތްތައް ހަލާކުވާ ނިސްބަތް ކުޑަވެ އާމްދަނީ ހޯދުމަށް އިތުރު ދޮރުތައް ހުޅުވި ލިބޭ އާމްދަނީން އިލެކްޓްރިކް އާލާތް ހޯދުމަށާއި މަރާމާތު ކުރުމަށް ހޭދަކުރާ ކުރުމުގެ ބޮޑުބައެއް ސަލާމަތް ކުރެވޭނެ ކަމެއް ގަލޮޅުމީހާއަކަށް ނޭގެއެވެ.

    ގަލޮޅު މީހާއަށް އެނގޭހާ ވެސް އެއްޗަކީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަ ވަމުން އައި އައިހެން ރައީސް ސާލިހަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ އަންނިއަށް އޮތް ތާއިދު ބޮޑުތަނުން ގެއްލެމުން ދާކަމެވެ. ވެރިކަމުގެ އާރާބާރު ލޮދި ހިކައެއްހެން އަންނިގެ އަތުތެރޭން ދެމިގެންފިކަމެވެ. އަންނިގެ އަސްލު ސިފަ އެމްޑީޕީން މިހާރު ބަލައި ނުގަންނަކަމެވެ.

    ]]>
    Thu, 24 Nov 2022 14:04:09 +0500 ހީރަސް
    ބަޖެޓް ބަހުސް 2022 https://heerasnews.com/728 https://heerasnews.com/728

    ]]>
    Thu, 24 Nov 2022 12:55:34 +0500 ހީރަސް
    އދ ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް އީޔޫގެ ތައުރީފް https://heerasnews.com/727 https://heerasnews.com/727 އދ ގައި ރާއްޖޭގެ ހާރިޖީ ވަޒީރު އޮނަރަބަލް އަބްދުﷲ ޝާހިދު ދެއްކެވި ލީޑަޝިޕަށް އީޔޫގެ އެމްބެސެޑަރު ޑެނިސް ޗައިބި ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. މިހާރު ކުރިއަށްދާ ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗައިބި ވިދާޅުވީ އދ. ގައި ޝާހިދު ދެއްކެވި ލީޑަޝިޕަށް ތައުރީފު ހައްގުކަމަށެވެ. އެންމެ ފަހުން ބޭއްވި ކޮޕް ސަމިޓުގައި ރާއްޖޭން ކުރި މަސައްކަތަށް ވެސް ޗައިބި ވަރަށް ބޮޑަށް ތައުރީފްކުރައްވިއެވެ. ބޮޑެތި ގައުމުތަކުން ވާދަކުރި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިހާބު ހޯދަން ފަސޭހައެއް ނުވާނެ ކަށާއި އެކަމަކު ރާއްޖެއިން އެ ގޮނޑި ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ ބައިނަލް އަގުވަމީ ދުނިޔޭގައި ހޯދަމުންދާ ކަމިޔަބީއަށް ޑެނިސް ޗައިބި މަރުހަބާ ވިދާޅުވިއެވެ.

    އޭނާ ވިދާޅުވީ ރާއްޖެ އާއި އީޔޫގެ ގުޅުން ހަރުދަނާކުރަން ބާއްވާ ބައްދަލުވުމުގައި އެންމެ މުހިއްމު އެއް ކަމަކީ ސަލާމަތީ ކަންކަމާ ގުޅޭ މަޝްވަރާތައް ކަމަށެވެ. ރާއްޖެއަކީ ޔޫރަޕުން ވަރަށް ގިނަ ޓޫރިސްޓުން އަންނަ ގައުމެއްކަމުން އެ އެންމެންގެ ރައްކާތެރިކަމުގެ ނުހިންމު ކަން އީޔޫއަށް ވަރަށް ވެސް ބޮޑުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

    ރާއްޖެ - އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރާނީ ފަސް ކަމެއްގެ މައްޗަށެވެ. އެކަން ކަމަކީ:-

    • ޑިމޮކްރަސީ، ގަވަނެންސް އަދި ޝަރުއީ ދާއިރާ ހަރުދަނާ ކުރުން
    • ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުން
    • ޝެންގެން ވިސާ ދިނުން
    • ވިޔަފާރި، ޓޫރިޒަމް، އިންވެސްޓްމަންޓް، ފައިނޭންސް އަދި އިގުތިސޯދީގޮތުން އެހީތެރިވުން
    • ތިމާވެށި އަދި މޫސުމީ ބަދަލުތައް

    ރާއްޖެ-އީޔޫ ޑައިލޮގްގެ ހަ ވަނަ ބައްދަލުވުން ހިނގަމުން ދަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީގައެވެ.

    ]]>
    Thu, 24 Nov 2022 00:53:30 +0500 ހީރަސް
    ތުރުކީ ސިފައިން ސޫރިޔާއަށް https://heerasnews.com/726 https://heerasnews.com/726

    ކުރުދީ ޖަމާއަތްތަކާ ހަނގުރާމަ ކުރަން ތުރުކީ ވިލާތުގެ ސިފައިން ސޫރިޔާއަށް ފޮނުވަން ޖެހިދާނެ ކަމަށް ތުރުކީގެ ރައީސް އުރުދުގާން އިންޒާރު ދެއްވައިފިއެވެ. އިސްތަންބޫލުގެ އިސްތިގުލާލް އެވެނިޔުއަށް ނޮވެމްބަރ 13 ގައި ދިން ބޮމުގެ ހަމަލާގެ ފަހަތުގައި ވަނީ ކުރުދިސްތާން ވަރކަސް ޕާޓީ (ޕީ.ކޭ.ކޭ)ގެ ހަނގުރާމަވެރިން ކަމަށް ތުރުކީ ވިލާތުން ތުހުމަތު ކުރެއެވެ.

    ތުރުކީގެ އަސްކަރިއްޔާއިން މިހާރު ވަނީ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާދޭން ފަށާފައެވެ.
    ސޫރިޔާއާއި އިރާގުގެ އުތުރުގެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ އަމާޒުތަކަށް ވައިގެ މަގުން ތުރުކީން ދަނީ ހަމަލާ ދެމުންނެވެ.

    އިސްތިގުލާލު އެވެނިޔުއަށް ދިން ބޮމުގެ ހަމަލާގައި ހަ މީހުން މަރުވެ 81 މީހަކު ޒަހަމުވިއެވެ. ބޮމުގެ ހަމަލާއާ ގުޅިގެން ކުރުދީން ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ މަގުން ހަމަލާދޭން ފަށާފައިވާއިރު ސޫރިޔާއަށް ސިފައިން ފޮނުވުމާ ގުޅޭ ގޮތުން ތުރުކީ އަސްކަރިއްޔާގެ އިސް ޖެނެރަލުން މިހާރު މަޝްވަރާ ކުރަމުންދާ ކަމުގައި ތުރުކީގެ ރައީސް ވިދާޅުވިއެވެ.

    ]]>
    Wed, 23 Nov 2022 21:34:36 +0500 ހީރަސް
    ކިންގް ޗާލްސްގެ ފުރަތަމަ މެހުމާނަކީ ރަމަޕޯސާ! https://heerasnews.com/725 https://heerasnews.com/725 އިގިރޭސިވިލާތުގެ ޝާހީ އާއިލާއަކީ ނަސްލީ ތަފާތުކުރުމާއި ކަޅު ނަސްލުގެ މީހުންނަށް ތަފާތުކުރުންތައް ގެންގުޅޭ ބައެއްކަމަށް ގިނަބަޔަކު ބުނަމުން ދެއެވެ. މިދިޔަ އަހަރު އެމެރިކާގެ މަޝްހޫރު ޓީވީ ޝޯއެއްކަމަށްވާ އޮޕްރާ އިންޓަވިއުގައި ޝާހީ ޕްރިންސަސް މޭގަން މަކެއިލް ވަނީ ޝާހީ އާއިލާގައި ރޭސިސްޓް ބަޔަކު ކަމުގައި ސިފަކުރައްވާ ވަރަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާފައެވެ. ޝާހީ އާއިލާއަށް އަމާޒުވި ފާޑު ކިޔުންތަކާއި އެކު އަރައި ނުގަނެވި އުޅެނިކޮން ރަނީ އަވަހާރުވުން ވެގެންދިޔައީ އިގިރޭސި ޝާހީއާއިލާއަށް ކުރިމަތިވި ގޮންޖެހުމަކަށެވެ.

    އިގިރޭސިވިލާތުގެ ރާނީ ކުއީން އެލިޒެބަތު މިދިޔަ ސެޕްޓެމްބަރ 8 ގައި އަވަހާރުވުމާއި ގުޅިގެން ޕްރިންސް ޗާލްސްއަށް އިގިރޭސި ތަހުތުގެ ތާޖު ލިބިވަޑައިގެން ކިންގް ޗާލްސްގެ ހައިސިއްޔަތުން ބޭރުގެ ވެރިޔަކަށް އެންމެ ފުރަތަމަ މެހުމާންދާރީ އަދާކުރަން ޖެހިވަޑައިގަތީ ސައުތު އެފްރިކާގެ ރައީސް ސައިރަލް ރަމަޕޯސާ އެވެ.

    މުޅި ދުނިޔެއަށް ކިންގް ޗާލްސްގެ ފަރާތުން އިއްޔެ ފެނިގެން މިދިޔައީ ވަރަށް ތަފާތު މަންޒަރެކެވެ. ކިންގް ޗާލްސްގެ ޒައާމަތުގައި ރަސްމީ ހައިސިއްޔަތުން ބޭރުގެ އިއްޒަތްތެރި އަކަށް މެހުމާންދާރީ އަދާކުރަން ފުރަތަމަ ވެސް މިލިބުނީ ކަޅު ނަސްލުގެ ބޭފުޅެކެވެ. ސައުތު އެފްރިކާގެ ރައީސް ސައިރަލް ރަމަޕޯސާއަށް ޝާހީ މެހުމާންދާރީ އަދާކުރުމުގައި ކިންގް ޗާލްސްގެ ފަރާތްޕުޅުން ފެނުނީ އާދަޔާހިލާފު މެހުމާންދާރީއެކެވެ. ގާރޑް އޮފް އޮނަރ އެރުވުމާއި ޝާހީ އަސްގާޑިޔާ ކޮޅުގައި ދެބޭފުޅުން އެކުގައި ވަޑައި ގަތުމާއި ރައީސް ރަމަޕޯސާގެ ޝަރަފުގައި ބޭއްވެވި ފަރިއްކޮޅެވެ. ކިންގް ޗާލްސް އަކީ ނަސްލީ ތަފާތު ކުރުމަށް ހިތްވަރު ދޭ ބޭފުޅެއް ނޫންކަން ދުނިޔެއަށް ހާމަ ކޮއްދެއްވައިފިއެވެ. ކިންގް ޗާލްސްގެ ވެރިކަމުން ފެނިގެން މިދިޔައީ ކުރިން މީހުން އުންމީދު ނުކުރާ ފަދަ ފެށުމަކަށެވެ.

    އިގިރޭސިވިލާތާއި ސައުތު އެފްރިކާގެ ގުޅުން މި ވަގުތުވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ޔުކުރޭން މައްސަލައިގައި އިގިރޭސިންނެގި ސްޓޭޑްގެ ބަދަލުގައި ސައުތު އެފްރިކާގެ ސަރުކާރުންވަނީ ރަޝިޔާކޮޅަށް ޖެހިފައެވެ. ރަޝިޔާއާއި ދެކޮޅަށް އެމެރިކާއާއި ޔޫރަޕް އެޅި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ދެކޮޅު ހެދި މަދު ގައުމުތަކުގެތެރޭގައި ވެސް ދެކުނު އެފްރިކާ ހިމެނެއެވެ. ރަޝިޔާއިން ޔުކުރޭނަށް އަރާ ޔުކްރޭނުގެ ބިންތަކަށް ވެރިވެގަނެފައިވާ ބަޔަކީ ރަޝިޔާގެ އެނެކްސް އެއްކަމަށް ރަޝިޔާއިން ކަނޑައެޅުގެ ކުރިން ސައުތު އެފްރިކާގެ ސަރުކާރާ އަދި ސައުތު އެފްރިކާގެ ވެރިކަން ހިންގާ އޭއެންސީ އިންވަނީ ރަޝިޔާއިން ހިފި ޔޫކުރޭނުގެ ހަތަރު ސަރައްދަކީ ރަޝިޔާގެ ތަންތަން ކަމަށް ގަބޫލުކޮށްފައެވެ.

    ޑައުނިން ސްޓްރީޓްގައި އިގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކް އާއިއެކު ރައީސް ރަމަޕޯސާ ބޭއްވި ބައްދަލުވުމުން ދެގައުމުގެ ގުޅުމަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. އިގިރޭސިވިލާތާއި ޔޫރަޕް ގުޅިގެން ސައުތު އެފްރިކާގެ ރީނިއުބަލް  އެނަރޖީ ސެކްޓަރަށް 8.5 ބިލިއަން ޑޮލަރުގެ އެހީ ލިބޭނެ ގޮތް ހަމަޖެހިގެން ދާނެކަމަށް ހަބަރުތައް ބުނެއެވެ. އޭއެންސީގެ ޒުވާން ގޮފީގެ ފަރާތުން ވާހަކަ ދެއްކި ފަރާތަކުން ބުނެފައިވަނީ ރައީސް ރަމަޕޯސާ ހައްދަނީ ވަރަށް ބޮޑު ގޯހެއްކަމަށެވެ. އޭއެންސީ ވެރިކަމަށް އާދެވެން އޮތީ ކޯލް ނަގާ ޔުނިއަން އާއި ވިޔަފާރިވެރިންގެ ތާއީދާއި އެކު ކަމަށެވެ. ނަމަވެސް ރީނިއުބަލް އެނަރޖީއަށް ސަރުކާރުން ދީލާލުމަކީ ސަޕޯޓް ބޭސް ގެއްލިގެން ދާނެކަމެއް ކަމަށެވެ.

    މީގެ ކުރިން ސައުތު އެފްރިކާގެ ވެރިއަކު އިގިރޭސިވިލާތައް އެންމެ ފަހުން ގޮސްފައިވަނީ 2010 ވަނަ ރައީސް ޖޭކަބް ޒޫމާގެ ވެރިކަމުގައެވެ. ރައީސް ޒޫމާގެ މައްޗައް ބޮޑެތި ކަރަޕްޝަންގެ ތުހުމަތުތަކެއް ކުރެވި މިހާރުވެސް ދަނީ ޕްރޮސިކިއުޓް ކުރެވެމުންނެވެ. ސައުތު އެފްރިކާގެ ރައީސް ރަމަޕޯސާ ގެ މައްޗައް ވެސް ތުހުމަތުތަކެއް އަންނަނީ ކުރެވެމުންނެވެ. ރައީސް ރަމަޕޯސާ ގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށް ކުރީ ސަރުކާރުން ވަގައް ނެގި އެތައް މިލިޔަން ޑޮލަރެއް ރަމަޕޯސާގެ އަމިއްލަ ޗުއްޓީ ހޭދަކުރާ ގޭމް ރޭންޗްގައި ފޮރުވާފައިވާކަމަށް އަންނަނީ ބުނަމުންނެވެ.

    އަންނަ ޑިސެމްބަރު މަހުގެ މެދެއްހާ ހިސާބުގައި އޭއެންސީގެ ލީޑަރަކު ހޮވުމަށް ބާއްވާ އެލެކްޝަން އޮންނާނެއެވެ. އިގިރޭސި ވިލާތައް ރައީސް ރަމަޕޯސާ މިކުރައްވާ ދަތުރުފުޅުން ލީޑަރޝިޕް އިންތިހާބަށް ވަރަށް ބޮޑު ފައިދާ އެއް ކުރާނެ ކަމަށް ހަބަރުތައް ބުނެއެވެ.

    ]]>
    Wed, 23 Nov 2022 18:40:42 +0500 ހީރަސް
    އީވާއަށް: ތިޔައީ ވެސް ކުޅަނދު މަދު ބީރައްޓެއްސެއް! https://heerasnews.com/724 https://heerasnews.com/724 އީވާގެ ޗޮއިސް އަކީ އަންނިކަން އޮޅިގެން އެކަކަށްވެސް ނޫޅެއެވެ. އެކަމަކު ބުނަން ހެއްޔެވެ ޗޮއިސް ހުސްވިޔަސް ދިވެހިންގެ ގިނަ ބަޔަކަށް މިހާރަކު އަންނިއަކީ ޗޮއިސްއެއް ނޫނެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީވެސް އަންނިއަށެވެ. ރައީސްކަމަށް އަންނި ވާދަކޮށްފި ނަމަ ވަހީދަށް ވީވަރުވެސް އަންނިއަށް ނުވާނެކަން އަންނި ގަބޫލު ކުރާނެއެވެ. ބަރުލަމާނީ ވެރިކަމެއް ގެންނަ އަންނި ބޭނުން ވެގެން އެ އުޅެނީ ވެސް އެކަމާ ހެދިކަން ނޭނގެނީ ކާކަށް ހެއްޔެވެ. ރާގު ރާގަށް އީވާމެން ކިތަންމެ ވައްވަކެއް ޖެއްސަސް ދިވެހިންގެ ގިނަ ބަޔަކަށް ތިޔަ ޑްރާމާ ހިތުދަހެވެ.   

    ރައިސް ސޯލިހުގެ އޯގަތެރިކަމުގެ ފައިދާ ނަގައިގެން ރައީސް ސޯލިހަށް ސަރުކާރު ހިންގަން ދަތި ކުރުން ނޫން ކަމެއް އީވާމެނަށް އެބަ ކުރެވޭހެއްޔެވެ. އެމްޑީޕީގެ މަސްލަހަތު ރައީސް ސޯލިހު ކުރިއަށް ނެރުއްވުމަކީ އެމްޑީޕީގެ ތެރޭން ރައީސް ސޯލިހާ ދެކޮޅަށް ބަގާވަތް ކުރަން އީވާމެނަށް އޮތް ޗޮއިސްއެއް ނޫނެވެ. އިދިކޮޅު ޕާޓީއަށްވުރެ އިދިކޮޅެވެ. އެތެރޭގައި މަޝްވަރާކޮށްގެން ހައްލު ކުރެވޭވަރު ކަންކަން ބޮޑު ފިތުނަ އަކަށް ހަދައިގެން ރަށްމެދުގައި ތިޔަ ހާވާ ހަޑިއެކޭ ގަޔަށް ތިކި ބުރާ ވަރަށް ތަފާލުގައި ދަނޑިން ތެޅުމެކޭ ތަފާތެއް ނެތެވެ. 

    ތިޔަ ގަބީލާގައި ހުރި އިހުލާސްތެރިކަން ނިކަން ދެކެބަލާށެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅި އެއްވެސް ކަމަކަށް ތާއީދެއް ނުކުރެއެވެ. ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއަކީ މި ވަގުތު ހިންގައިގެން ވާނެ ކަންކަން ކަމަކަށް ގަބޫލެއް ނުކުރެއެވެ. ރައްޔިތުންނަށް ތަފާތު ނުކޮށް ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަކީ ދައުލަތަށް އުފުލަން ޖެހިފައިވާ ބުރައެއް ކަމަށް ދެކެއެވެ. ހައިސްޕީޑް ފެރީ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް ސަބްސިޑީ ދިނުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމަކަށް ނުވެއެވެ. ހަދާ ކޮންމެ ބަނދަރަކާއެކު ޔަމީނު ރަޝީދު ދިރިގެން އަންނަން ޖެހެއެވެ. ރަށްރަށުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކޮށް ރަށްރަށުގެ ބަނދަރުތައް ހަދާ ރަށް ގިރުން ހައްލުކޮށް ދިނުން ވަނީ އިސްރާފެއް ކަމަށެވެ. ރައްޔިތުންގެ މަންދޫބުންގެ ވިސްނުން މި ހާވަރަށް ކޮރަޕްޓް ވީމާ ދެން ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ.

    އެމްޑީޕިގެ ހަގީގި ވައުދަކީ ރިލްވަނާ ޔާމީނު ރަޝީދު އެކަނިކަން އަދިކިރިޔާ މިއެނގުނީއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުން ނޫނީ އެމްޑީޕީގެ ސަރުކާރަކުން ކުރާނެ އެހެން ކަމެއް އޮވެގެން ނުވާނެކަން ވެސް މި އެނގުނީއެވެ.  

    ދޫ ފަރިތަކޮށް ޖަޒްބާތުގައި އީވާމެން ވާހަކަ ދައްކާލާއިރު ހީވަނީ ދެން ތިބީ ހައްތަހާ ވެސް ގަމާރުން ހެންނެވެ. ރިލުވާނޭ ޔާމީނު ރަޝީދުގެ ގަތުލޭ ކިޔައިގެން މާ އިމޯޝަނަލް ވާނެކަމެއް ނެތެވެ. ރޭވިގެން ސިއްރުން ހިންގާފައި ހުންނަ ގަތުލު ތަކުގެ ހަގީގަތް އީވާ ހަމަ ބުނާއިރަށް އެނގޭ ނަމަ އެކަމަށް މަސައްކަތެއް ކުރާކަށް ނުޖެހޭނެތާއެވެ.

    އެމެރިކާއަކީ ދުނިޔޭގައި އެންމެ ކުރިއަރަފައިވާ ހުރިހާ ވަސީލަތެއްގެ އެހީގައި ތަހުގީގުތައް ހިންގާ ގައުމެކެވެ. އެކަމަކު 1963 ގައި އެނތާގެ ރައީސް ޖޯން އޮފް ކެނެޑީ އަވަހާރަކޮށްލީ ކާކުކަން ހޯދުނީ ދާދި މިދާކަށް ދުވަހުކަން ހަމަ ރަނގަޅަށް އެނގޭނެއެވެ. ރޭވިގެން ހިނގާ އެޒާތުގެ މަރުތަކުގެ ހަގީގަތަކީ ފެން ތައްޓެއް ބޯލާހާ ފަސޭހައިން ހޯދޭނެ ކަންކަމެއް ނޫނެވެ. އަފްރާޝީމާއި ރިލްވާނާއި ޔާމީނު ރަޝީދުގެ މަރުގެ ތަހުގީގަށް ކުރިއެރުންތައް ލިބި ފެންނަން ހުރި ހެކިތަކާއި ގަރީނާ ތަކުގެ މައްޗަށް ދައުވާކުރަން ޖެހޭ ފަރާތް ތަކަށް ދައުވާކޮށް ޝަރީއަތް ކުރެވެމުން ދާކަން ނޭނގުމަކީ އީވާގެ ގަމާރުކަމެވެ. ކިތަންމެ ފުޅާކޮށް ކިތަންމެ ރަނގަޅަށް ތަހުގީގުކޮށް ޝަރީއަތް ކުރިޔަސް ގަބޫލު ނުކުރާ މީހަކަށް އިންސާފަކީ ލިބޭނެ އެއްޗެއް ނޫނެވެ.

    ކުރީގެ ސަރުކާރުން ދައުލަތަށް ވެފައިވާ ހިޔާނާތާއި ކުރި ވައްކަން ތަކުން ގެއްލިފައިވާ ފައިސާ ހޯދުމަށް ކުރެވޭ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ދާކަން ނޭނގޭ ކަމަށް ހަދައިގެން ސަރުކާރު ބަދުނާމު ކުރަން ސަޅި ވާހަކަ ދައްކަން އީވާ ވެސް ތާހިރެއް ނޫނެވެ. ތިމާމެން މަތިހަށި ނަގާފައި ގެނައި ސަރުކާރަކީ އީވާމެންގެ ކުޅޭކުޅޭ ބުދަކަށް ނުހެދުނީމާ އޮބި ނޯންނަ ވަރަށް ގައި ހިރުވާނެއެވެ. ހަޖަމެއް ނުވާނެއެވެ.

    ރައްޔިތުންނަށް ހެޔޮ އެދޭކަމަށް ވެގެން " މާ މާލެ ވެގެން " އުޅޭނެ ކަމެއް ނެތެވެ. އީވާއަކީ ވެސް ހިންނަވަރަށް އުފަން ހިންނަވަރު މީހެއްގެ ދަރިއެކެވެ. މާލޭގައި އުޅޭ ރަށްފުށު އެހެން މީހުނާ މާބޮޑު ތަފާތެއް ނެތް، ތިޔަ ކިޔާ ކަހަލަ " ކުޅަނދު މަދު ބީރައްޓެއްސެއް" ނޫން ކަމަކަށް ނުވާނެއެވެ. ގަލޮޅު އުތުރު ގޮނޑި ހިސޯރުކޮށްގެން ދާއިރާ މީހުނަށް ކަމެއް ކޮށްދޭން ނޫޅެ ވެރިކަން އަތަށް ފިރުކާލަން ކުރަން އޮތް ކަމެއް ނޫނީ ނުކުރާ އީވާ ރައްޔިތުންނޭ ހައްގޭ އިންސާފޭ ނުކިޔާ މައިތިރިވެގެން ހުރެވޭތޯ ބަލާށެވެ. ތިޔައީ ހުސް ވެސް ޗަރުކޭހެވެ.

    ]]>
    Wed, 23 Nov 2022 16:02:12 +0500 ހީރަސް
    ހެޔޮވެރިކަން: އައްޑޫސިޓީ މަގުތަކުގައި ތާރުއެޅުން https://heerasnews.com/723 https://heerasnews.com/723

    އަތޮޅު ތަކުގައި ސަރުކާރަކުން ހިންގާ އެންމެ ބިޔަ އެއް މަސްރޫއަކީ އައްޑޫ މަގުތައް ހެދުމެވެ. އައްޑޫސިޓީ މަގުތަކުގައި ފެންބޮޑުވުމާއި އަޑިގުޑަންވެ ދުއްވާ އެއްޗިއްސާއި ހިނގާ ބިނގާވެ އުޅެން ދަތިވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެން ދާނެ މި މަޝްރޫއު ގެ މަސައްކަތް ދެ އަހަރުތެރޭގައި ނިންމޭނެއެވެ.

    2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު 18ގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ހަވަލުކޮށްގެން ހިންގާ އައްޑޫ މަގުހެދުމުގެ މަޝްރޫއު ނިމޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

    މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ގޮތުން ތާރު އެޅުމުގެ އިތުރަށް ބައެއް ސަރަހައްދުގައި ގައު އެތުރުން ވެސް ހިމެނިފައިވާ މިމަޝްރޫއުގައި އައްޑޫގެ 107 ކިލޯ މީޓަރުގެ މަގު ހަދާނެއެވެ.

    މިހާރު ކުރިއަށް ދަނީ ތާޅު އެޅުމުގެ މަސައްކަތެވެ. ތާރު އަޅަން ފަށަފައިވަނީ ފޭދޫންނެވެ.

    އެއްވެސް ސަރުކާރެއްގައި އައްޑު އަށް އަދި ހާއްސަކޮށް ފޭދު އަށް ކޮށްދީފައި ނުވާ އެތައް ކަމެއް މި ސަރުކާރުން ކޮށްދެމުން އަންނަ ކަމަށް ފޭދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއެވެ.

    ]]>
    Wed, 23 Nov 2022 11:49:31 +0500 ހީރަސް
    އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޖަލަށް https://heerasnews.com/722 https://heerasnews.com/722 އެމެރިކާގެ ހަޔާތުގައިވެސް މިވީހާތަނަށް ވެރިކަންކުރި ރައީސަކު ޖަލު ހުކުމެއް ކޮއްފައެއް ނެތެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ތަހުގީގުކުރަމުންދާ ރައީސް ޓްރަޕްގެ މައްސަލަތަށް މިހާރު މިސްރާބު ޖަހާފައިވަނީ ޓްރަޕްގެ މައްޗައް ޖަލުހުކުމެއް ކުރުމާއި ދިމާލަށެވެ. ޓްރަޕްގެ މައްސަލަތައް ބަލާ ކޯޓަށް ހުށައެޅުމަށް މިހާރުގެ އެޓާނީޖެނެރަލް މެރިކް ގާލޭންޑް ވަނީ ހައްސަ ޕްރޮސިކިއުޓަރަކު މިދިޔަ ހުކުރު ދުވަހު އައްޔަނު ކޮއްފައެވެ. ސްޕެސަލް ކައުންސިލަރ އަކަށް ޕްރޮސިކިއުޓަރ ޖެކް ސްމިތް އައްޔަނުކުރުން ވެގެން ދިޔައީ މުޅި އެމެރިކާގެ ސިޔާސީ މަސްރަހަށް އައި ލޮޅުމަކަށެވެ. ކޮސޯވޯގެ ހަގުރާމައިގައި އާއި ދުނިޔޭގެ އެކި ތަންތަނުގައި އެތައްބަޔަކު މެރި ދުނިޔޭގެ ބޮޑެތި ކުއްވެރިންގެ މައްޗަށް ދަހޭގުގައި ހުންނަ ދުނިޔޭގެ ކޯޓުގައި ދައުވާ ކުރާ ޖެކް ސްމިތް އަކީ އޭނާ ހުށައަޅާ މައްސަލަތައް ކާމިޔާބުކުރާ އަދި މަސްހޫރު ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ކުޅަދާނަ ޕްރޮސިކުޓަރެއްކަމުގައި ފާހަގަ ކުރާ ފަރާތެކެވެ.

    ޕްރޮސިކިއުޓަރ ޖެކް ސްމިތު

    ރައީސް ޓްރަމްޕް އާއި ދެކޮޅަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓުން ބަލާ އެންމެ ހާއްސަ އެއް މައްސަލައަކީ އެމެރިކާގެ ދައުލަތުގެ ސިއްރު ލިޔުންތައް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެވެ. އެމެރިކާގައި ހެދިފައިވާ ޤާނޫނެއްގައި "ކްލެސިފައިޑް" (ދައުލަތުގެ ސިއްރު) ޖަހާފައިވާ ލިޔުންތައް ބަލަހައްޓަން ޖެހޭ އުސޫލުތަކެއް ބަޔާން ކޮއްފައި ވެއެވެ. މި އުސޫލުތަކާއި ހިލާފަށް ޓްރަމްޕްގެ ރިޔާސީ ދައުރު ނިމިގެން ވައިޓް ހައުސްއިން ޓްރަމްޕްގެ އަމިއްލަ ތަކެތި ނެރުމުގެ ތެރޭގައި ދައުލަތުގެ ސިއްރު ޖަހާފައިވާ ގިނަ އަދަދެއްގެ ލިޔުންތައް ގެންގޮސްފައި ވެއެވެ.
    އެމެރިކާގެ ނެޝަނަލް އާކައިވްއަށް ރައީސް ޓްރަމްޕްގެ ވެރިކަމުގެ ބައެއް ލިޔުންތައް މަދުކަން ފާހަގަ ކުރެވިގެން 2021 ވަނަ އަހަރުގެ މޭމަހު ލިޔުންތައް ހަވާލުކުރުމަށް ވަނީ އަންގާފައެވެ. ނަމަވެސް ރައީސް ޓްރަމްޕް ލިޔުންތައް ދެއްވުމަށް ދެކޮޅު ހައްދަވާން ފެއްޓެވިއެވެ. ޓްރަމްޕްގެ ލޯޔަރުންނާއި އެކު ކުރެވުނު މަސައްކަތުން 2022 ގެ ޖެނުވަރީމަހު 15 ފޮށިގަނޑެއްގައި ހުރި ލިޔުންތައް ހަވާލުކުރިއެވެ. ނެޝެނަލް އާކައިވްއިންބެލިބެލުމުން ޖެނުއަރީގައި ރައީސް ޓްރަމްޕް ފޮނުއްވެވި ލިޔުންތަކުގެ އިތުރު ލިޔުންތައް ހުރިކަން އެގުމުން އެފްބީއައި މެދުވެރިކޮށް 8 އޮގަސްޓް 2022 ގައި ރައީސް ޓްރަމްޕްގެ ފްލޮރިޑާ ރިސޯޓް ގަނޑުވަރު މަރަލާގޯ ބަލާފާސްކުރުމަށް ކޯޓް އަމުރެއް ހޯދާ ބަލާ ފާސްކުރިއެވެ. މަރަލާގޯ ބަލާ ފާސް ކޮއްގެން ހޯދި ލިޔުންތަކުގެ ތެރޭގައި ހިމެނެނީ ޓޮޕް ސީކްރަޓް ޖަހާފައިވާ 18 ލިޔުމަކާއި ސީކްރަޓް 54 ލިޔުމަކާއި ކޮންފިޑެންޝަލް ޖަހާފައިވާ 31 ލިޔުމެކެވެ. އަދި މީގެ އިތުރަށް ސަރުކާރުގެ އެހެނިހެން 300 ލިޔުމަށް ވުރެގިނަ ލިޔުން ހޯދާފައިވެއެވެ.


    އެމެރިކާގެ ޖާސޫސީ މައުލޫމާތު ހިމެނޭ ގިނަ ލިޔުންތަކެއް ރައީސް ޓްރަންޕް އެއްވެސް ރައްކާތެރިކަމެއް ނެތި މަރަލާގޯގައި ގެންގުޅެފައިވުމުން އެލިޔުންތައް އެމެރިކާގެ ހަތުރު ގައުމުތަކުގެ ޖާސޫސީ އެޖެންޓުންނަށް ލިބިފާވުން ވެސް އެކަށީގެންވާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އީރާނުގެ ނިއުކުލިއަރ ހަތިޔާރާ ގުޅޭ މައުލޫމާތާއި ޗައިނާގެ ސިއްރު އެތައް މައުލޫމާތުތަކެއް އެލިޔުންތަކުގައި ވާކަމީ އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އަންނަނީ ބުނަމުންނެވެ. ގައުމެއްގެ ޖާސޫސީ މައުލޫމާތު އެއްކުރުމަށް އިންސާނީ ވަސީލަތް ބޭނުން ކޮއްފައިވާތީ އީރާނާއި ޗައިނާގައި ތިބި އެމެރިކާގެ ސިއްރު އެޖެންޓުން ފަޅާ އެރުން ވެސް ވަރަށް ކައިރިކަމަށް އަންނަނީ ބުނަމުންނެވެ.
    ރައީސް ޓްރަމްޕްގެ ފަރާތުން ޖަސްޓިސް ޑިޕާޓްމެންޓުން ކުރާ ތަހުގީގު ހުއްޓުވަން އެކި އެކި ހުރަސްތައް ކުރިމަތިކުރި ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ ރައީސް ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލި ހައްޔަރަށް ގެނެވޭނެ ކަމަށް ގާނޫނީ ގިނަ މާހިރުން ލަފާކުރެއެވެ. 

    ]]>
    Tue, 22 Nov 2022 18:34:32 +0500 ހީރަސް
    ފައިނު އާދަނުމެން ދައުލަތުގެ ރިޒާވް އުސްތުނބަށް ގެންގޮސްދެނީ! https://heerasnews.com/721 https://heerasnews.com/721 ރޭނިދި ނުދިގެން ފައިނު އާދަނު ތެޅެ ފޮޅޭތާ ކިތަންމެ ދުވަހެކެވެ. އެކަކު ކައިރިން އަނެކަކު ކައިރިން ދެފައި އެއްތާ ނުޖަހާ މި އާދަނަކު ދުވާތާ ކޮން ޒަމާނެއް ހެއްޔެވެ. ގައުމާ ރައްޔިތުން ދެކެ މި މަނިކު މި ވަނީ ހާދަ ލޯތްބެކެވެ. ރައްޔިތުން ކުރެ އެކަކު ވެސް ނުކައި ހުރިއްޔާ އާދަނު ހުންނަނީ ނުކައެވެ. އެހެން ހުރެ ހުރެ އެ ފަކީރު ހީވަނީ ފެން ދަމާލާފައި އޮތް ފަޅޯ އޮނެއް ހެނެވެ.

    ދައުލަތުގެ މާކޮށާރު އަޑިއަޅާ ލާއިރަށް ކޮންމެ ފަހަރަކު ގަންބާ ފުރާ ބާރުކޮށް ދެނީ މި އާދަނު ވިއްޔާއެވެ. އާދަނު ބުނެލާއިރަށް ތިޖޫރީގައި އޮތް އެއްޗަކާ ނެތް އެއްޗެއް ބުނެ ނުދީއެއް ނުވާނެތާއެވެ. މި ފަހަރަކު މާބަނޑޭރި އަލީ ހާޝިމް ވެސް އުޅެންފެށި ވައްތަރެކެވެ. ވަތަބަނޑޭރި އަމީރު ވެސް އާދަނަށް ފޮރުވައިގެން ކުރަންޖެހޭ ކަމެއް ނޯންނާނެއެވެ. ވެދިޔަހާ ތަނުގައި ވެސް މާކޮށާރުގައި ހުރިއްޔާ ހުރި އެއްޗަކީ އާދަނު ހޯދާދީފައި ހުރި އެއްޗިއްސެވެ. އާދަނަށް މާކޮށާރުގެ ފޫ ނުދައްކާން ފައި ވިއްދިޔަސް އާދަނު އެ ބަލަފައި ނޫނީ ހުއްޓައެއް ނުލާނެއެވެ. 

    ގައުމީ ބޮޑުމާލޫދު ހަރުގޭގައި މާލޫދު ބުރި ބުނަން އާދަނުމެން ގެންގޮއްސާ ތިބެނީ ކަމަކުތާއެވެ. މާލޫދު ބައިގެ މާމުދިމު ލައްވާ ފަތްތޫރަ ހިންގައިގެން ވެސް އާދަނު މި ފަހަރު މާކޮށާރު ބަތާނައަށް ދަންދެން ފޮރޮޅާލާނެއެވެ. އެވަރު ކުރަންދެން ބަނޑޭރިން މި ތިބެނީ ކޮން ރަލެއް ބޮވިފައި ހެއްޔެވެ.

    މަލޫދު ހަރުގެއަށް ގެންނަ ބޮޑުކޭން ހަބަޑަށް ކައި ފުރައިގެން އާދަނުމެން ތިބޭ ވާހަކަ ބަޔަކު ދައްކައިފިއްޔާ އެ ބަޔަކަށް ވުރެ އުޅި އެއްނުވާ ބަޔަކު ތިބި ކަމަކަށް ވާނީއެއް ނޫނެވެ. އެހެނެއް ކަމަކު މާކޮށާރު ހުސްވެ ރައްޔިތުން މަގޫފަތް ކާން ޖެހިދާނެތީ ފަޔަށް ހިނިއަރައިގެން އާދަނުމެން އުޅޭއިރު މާކޮށާރުން ވަކިކޮށްގެން ގެންނަ ބޮޑުކޭން ނުކައި އެންމެ ފަހަރަކު ވެސް އާދަނުމެނަށް ވަނީއެއް ނޫނެވެ. ބޮޑު ހަރުގޭގެ މާމުދިމު ވެސް ހީވަނީ ރެވިތޮޔޮ ބޮވިގެން އުޅޭހެނެވެ. ރައްޔިތުން ދެކެވާ ލޯބިންނެވެ.

    ބަލަ މިތިބަ ގަމާރުންނޭވެ. ތިޔަ ހަރުގެއެއްގެ ތެރޭގައި އަޑުހަރުކޮށް ލާހަޅޭކުން މާކޮށާރު ފުރި ބާރުވޭ ހެއްޔެވެ. މާކޮށާރުގައި އޮތް އެއްޗަކާ ނެތް އެއްޗެއް އެނގިގެން ތިޔަ ލަވާ ހަޅޭކާ ޖަހާ ބެރަށް ބުމެއް އިތުރުވުން ނޫން ކަމެއް ވާނެހެއްޔެވެ. ނުވާނެއެވެ. 

    ރާއްޖޭގެ ރިޒާވްގައި ކާޑާއި ތެލާ ގަންނާނެ ފައިސާ  ނެތިއްޔާ އެ ފައިސާ ހޯދާނީ އެ ވަގުތަކު ސަރުކާރު ހިންގަން ތިބި ބައެކެވެ. ދައުލަތުގެ ހަރަދު ބޮޑުވެގެން އެއްމަހުގެ މުސާރަ ވެސް ނުނަގާ އާދަނުމެނަށް ތިބެލަން ކެރެދާނެ ހެއްޔެވެ. ހެސްކިޔާފަ ބޮޑު މުސާރައާއި އިނާޔަތް ނަގައިގެން ކައިފުރައިގެން ތިބެ މީހުންގެ މަސްކެއުން ނޫން ކަމެއް ތިޔަ ބަޔަކު ތިޔަ ތާކަށް އެއްވެ ތިބެ އެބަ ކުރަން ހެއްޔެވެ. ތިޔަ ތާނގެ ތެރޭގައި ސަރުކާރާ ބައިވެރިވެގެން ސަރުކާރަށް ކަން ފަހިކޮށްދީގެން އުޅެން މަސައްކަތް ކުރާ އިހުލާސްތެރިއަކަށް ވިއްޔާ ގަނާކޮށް ގޯނާކޮށް ފުރައްސާރަ ކުރުން ނޫން ކަމެއް އެބަ ކުރަން ހެއްޔެވެ. 

    ފައިނު މާވަޑި އާދަނު ވެސް ތެޅެ ބާލާއިރު ހީވަނީ ދައުލަތުގެ ރިޒާވް އުސްތުނބަށް އަޅާފުރާލަ ދޭން އުޅޭ ހެންނެވެ. ބުނަން ހެއްޔެވެ. ރައްޔިތުންނަށް ތިޔަހާ ހެވެއް އެދިގެން އުޅެންޏާ މަހު މުސާރަ ނުނަގާ ތިޔަ ތަޅާ ބޭކާރު އަނގަ ތަޅަން ކޮންމެ ދުވަހަކު ހުޅުވައިގެން ނުތިބެ އެކަމަށް ހިގާ ހަރަދުތައް ނުހިންގާ ރިޒާވޭ ތެލޭ ކަޑޭ މަގޫފަތޭ ކިޔާބަލާށެވެ. އަމްދަކުން ތިޔަ އުޅެނިއްޔަކީ ރިޒާވް ހުސްވެ ރައްޔިތުން ބަނޑަށް ޖެހިދާނެ ތީއެއް ނޫނެވެ. ވެރިކަމަށް ބޫތު ކައިގެންނެވެ.  

    ]]>
    Tue, 22 Nov 2022 17:08:35 +0500 ހީރަސް
    ބަނގުރޫޓް ލަވަކިޔަނީ ހަޖަމުނުވެގެން: މެންބަރު ނިހާދު https://heerasnews.com/720 https://heerasnews.com/720 އަޑު ހަރުކޮށް ބަޔަކު މީހުން ބަނގުރޫޓް ވާ ލަވަ ކިޔަނީ ކީއްވެކަން ފޭދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ނިހާދު (ފޭދޫ މީހާ) ސާފުކޮށް ދެއްވައިފިއެވެ. ނިހާދު ވިދާޅުވާ ގޮތުގައި ރާއްޖެ ބަނގުރޫޓު ވުމުގެ ވާހަކައަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން މިހާރު ހިންގާ ބޮޑެތި މަޝްރޫއުތައް ހިނގާތަން ފެނި އެކަން ހަޖަމުނުވެގެން ދައްކާ ވާހަކައެކެވެ. 

    ރައީސް ސާލިހު ސަރުކާރުން މުޅިރާއްޖޭގައި ހިންގާ ބިޔަ މަޝްރޫއުތަކުން ރާއްޖެއަށް ގެނެވޭ ހެޔޮ ބަދަލު ބަޔަކަށް ހަޖަމު ނުވެގެން އެ ކަންކަން ހުއްޓުވަން ފަތުރާފިނަވެރި ވާހަކައެއް ކަމަށް އެ ދައްކާ ބަނގުރޫޓް ވުމުގެ ވާހަކަ ނިހާދު ސިފަކުރައްވައެވެ.

    ނިހާދު ވިދާޅުވާ ގޮތުގައި މި ސަރުކާރުން މުޅިރާއްޖޭގައި ހިންގާ ތަރައްގީގެ ބޮޑެތި ބިޔަ މަޝްރޫއު ތަކުގެ ތެރޭގައި އައްޑޫގައި ސަރުކާރުން ހިންގާ މަޝްރޫތައް ވެސް ހިމެނޭ ކަމަށް ފޭދޫ ދާއިރާގެ މެންބަރު ވިދާޅުވެއެވެ. 

    ބަނގުރޫޓު ވާ ލަވައަކީ ސަރުކާރު ބަލިކޮށް މަޝްރޫއުތައް ހިންގުން ހުއްޓުވުމުގެ ބޭނުމުގައި ކިޔާ ލަވައެއް ކަމަށް ނިހާދު ވިދާޅުވެއެވެ. އެހެނެއް ކަމަކު ބަލިކަށިކޮށް މަޝްރޫއުތައް ހިންގުން ނުހުއްޓުވޭނެ ކަމަށް ނިހާދު ވިދާޅުވެއެވެ. 

    ]]>
    Tue, 22 Nov 2022 15:27:53 +0500 ހީރަސް
    ހެޔޮވެރިކަން: އެސްޓީއޯ ފިއުލްޓެސްޓިންގ ލެބޯޓްރީ ބޮޑުކާމިޔާބެއް https://heerasnews.com/719 https://heerasnews.com/719 ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް އޭގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް މީގެ ކުރިއަކުން ރާއްޖެއަކު ނެތެވެ. އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރި-ޓެސްޓުކުރުމަށްޓަކައި ކުރިން ފޮނުވަން ޖެހެނީ ރާއްޖެއިން ބޭރަށެވެ. ތެޔޮ ޓެސްޓްކުރުމަށް އޭރު ވަރަށް ބޮޑު ހަރަދެއް ކުރަންޖެހުނެވެ. އެހާމެ ގިނަ ވަގުތު އެކަމަށް ހޭދަކުރަން ޖެހުނެވެ.

    ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ އެސްޓީއޯއިންނެވެ. ތެޔޮ ޓެސްޓުކުރުމަށް ހިނގާ ބޮޑު ހަރަދު ކުޑަކުރުމަށް ފިއުލް ޓެސްޓިންގ ލެބޯޓްރީއެއް ރާއްޖޭގައި އެސްޓީއޯއިން މިހާރު ވަނީ ގާއިމުކޮށްފައެވެ. މި އަހަރުގެ މަރޗް މަހުގެ ފުރަތަމަ ދުވަހު އެސްޓީއޯއިން ރާއްޖޭގައި ހުޅުވި ފިއުލް ޓެސްޓިންގ ލެބޯޓްރީ އަކީ  ދުނިޔޭގެ ފެންވަރުގެ ލެބެކެވެ.

    ކޮލިޓީ ޓެސްޓިންގައި އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯއިން ހަރަދުކޮށްގެން ހުޅުވާފައިވާ މިލެބޯޓްރީ މެނޭޖްކޮށް، ޓެސްޓް ސެޓްފިކެޓްތައް ދޫކުރާނީ ސީދާ ޖިއޯކެމް މިޑްލް އީސްޓްއިންނެވެ. ޖިއޯކެމް މިޑްލް އީސްޓްއަކީ ޕްރޮޑަކްޓް ޓެސްޓިންގްގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

    އެސްޓީއޯ ފިއުލް ޓެސްޓިންގ ލެބޯޓަރީން ރާއްޖެ އެތެރެކުރާ ޕެޓްރޯލްއާއި ޑީސަލްގެ ކީ-ޕެރަމީޓަރސްތައް ވެސް ޓެސްޓް ކުރެވެއެވެ. ދުނިޔޭގެ ފެންވަރުގައި ތެޔޮ ޓެސްޓްކުރާ އެސްޓީއޯ ފިއުލް ޓެސްޓިންގ ލެބޯޓަރީން ދޫކުރާ ޓެސްޓް ސެޓްފިކެޓް ދުނިޔޭގެ ކޮންމެ ތަނަކުން ބަލައި ގަނެއެވެ.

    އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވާ ގޮތުގައި އެސްޓީއޯގެ މި ލެބްގެ ސަބަބުން އެމްއޭސީއެލްއަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ހިނގައްޖެއެވެ. ކުރިން ސާމްޕަލް ނަގައިގެން ތެޔޮ ޓެސްޓު ކުރުމަށް ބޭރަށް ފޮނުވައިގެން ތިން ހަތަރު ދުވަސް ހޭދަވުން ނިމުމަކަށް ގެނެވިއްޖެއެވެ. ގާތްގަނޑަކަށް 3 ގަޑިއިރުގެ ތެރޭގައި ޓެސްޓްގެ ރިޕޯޓު އެސްޓީއޯ ލެބޯޓްރީން ލިބެއެވެ. އެހެން ކަމުން ތެޔޮ ޓެސްޓް ކުރުމަށް އެމްއޭސީއެލް ފަދަ ކުފުނިތަކުން ކުރާ ބޮޑު ހޭދަ އެތައް ތަނަކުން ކުޑަ ކުރެވިއްޖެއެވެ. އެސްޓީއޯގެ ފިއުލް ޓެސްޓިންގ ލެބޯޓަރީން އެވްރެޖްކޮށް މަހެއްގެ މައްޗަށް 27 ސާންޕަލް މިހާރު ޓެސްޓުކުރާކަމަށް އެމްޑީ އަމްރު ވިދާޅުވެއެވެ.

    ]]>
    Tue, 22 Nov 2022 13:56:45 +0500 ހީރަސް
    ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސްގައި ސްޓެލްކޯ https://heerasnews.com/718 https://heerasnews.com/718 21 ވަނަ ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް 2022 ގައި ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ) ބައިވެރިވެއްޖެއެވެ. 21 ވަނަ ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް މި އަހަރު އޮތީ އިންޑިއާގެ މުމްބާއީގައި ނޮވެމްބަރ 18 އިން 21 އަށެވެ.

    ކޮންގްރެސްގެ މި ފަހަރުގެ ތީމަކީ " ބިލްޑިންގ ޓަރަސްޓް އެނެބްލިންގ ސަސްޓައިނަބިލިޓީ" އެވެ.

    ވޯލްޑް ކޮންގްރަސް އޮފް އެކައުންޓްސް 2022 ގައި ސްޓެލްކޯ https://twitter.com/STELCOMALDIVES ތަމްސީލުކުރެއްވީ އެ ކުންފުނީގެ ފިނޭންސް އެންޑް އެކައުންޓްސް ޑިޕަރޓްމަންޓްގެ އިސް ތިން އޮފިޝަލެކެވެ. ސްޓެލްކޯގެ އެކްޓިންގ ޗީފް ފިނޭންސް އޮފިސަރ އަދި ޖެނެރަލް މެނޭޖަރ އީނާސް އަހުމަދު އާއި އެކު ކޮންގްރަސްގައި ބައިވެރިވެ ވަޑައިގެން އަނެއް ދެ ބޭފުޅުންނަކީ މެނޭޖަރ ފަތިމަތު ލީނާ އާއި ޑެޕިއުޓީ މެނޭޖަރ ޝިފާޒް އަހުމަދެވެ.

    ]]>
    Tue, 22 Nov 2022 12:12:13 +0500 ހީރަސް
    ޖަމީލު އަދިވެސް ގަބޫލުކުރަނީ ޔާމީނަކީ ވަގެއް ކަމަށް! https://heerasnews.com/717 https://heerasnews.com/717 އަނެއްކާ އަނެއް ވާހަކައެވެ. ވ. އާރަށް ޔޫސުފް ނައީމްމެނަށް ދޭކަށް ޔާމީނު އެންޑޯސެއް ނުކުރެއެވެ. ޔާމީނު އެންޑޯސްކުރީ ވ. އާރަށް ދައްކައިގެން ޔޫސުފް ނައީމް އަތުން ރިޝްވަތު ނަގާށެވެ. ޔާމީނު އެންޑޯސްކުރީ ފަސްމިލިއަން ޑޮލަރަށް އަގުކީ ރަށް  ޔާމީނަށް އެއް މިލިޔަން ޑޮލަރު ދިނުމުން ދެމިލިޔަން ޑޮލަރަށް ޑީލު ނިންމާށެވެ.

    ޑީލް އެންޑޯސްކުރާ ނޯޓުގައި ފާހަގަ ނުޖަހާ އޮތީ ޔާމީނަށް ބައެއް ނާޅާ ހަމައެކަނި ދައުލަތަށް ފަސް މިލިޔަން ޑޮލަރު ލިބޭ ގޮތަށް ވ. އާރަށް ޔޫސުފް ނައީމް މެނަށް ދޭން ޔާމީނަށް ނުފެންނާތީއެވެ. އެ ހިސާބުން ޖުމްލަ އަގު ތިން މިލިޔަން ޑޮލަރަށް ތިރިކޮށް އެއްމިލިޔަން ޔާމީނަށް އަނެއް ދެ މިލިޔަން އެމްއެމްޕީއާރުސީއަށް ޖަމާކުރާ ގޮތަށް ޔޫސުފް ނައީމުމެންނާ ޑީލް ފައިނަލް ކުރީއެވެ. ޔޫސުފް ނައީމް އަތުން ގަތްކަމަށް ޔާމީނު ބުނާ އެއް މިލިޔަން ޑޮލަރަކީ ވ. އާރަށު ޑީލުގެ އަގު ޖުމްލަ ތިން މިލޔަން ޑޮލަރަށް ތިރިކޮށް އޭގެން ޔާމީނަށް ދޭން އެއްބަސްވި އެއް މިލިޔަން ޑޮލަރެވެ.

    އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތް ހިނގާފައިވާ ގޮތުގެ ރިޕޯޓެއް މިހާރު ނޫހުން ވަނީ ގެނެސްދީފައެވެ. ބައްލަވާ ލެއްވުމަށް https://youtu.be/mihaaru މިލިންކަށް ފިއްތަވާ ލައްވާށެވެ. ހަގީގަތް ސާފު ވާނެއެވެ.

    އިތުބާރު ހުރި މަސްދަރަކުން ކިޔާދިން ގޮތުގައި މި ވާހަކަ އޭނާއާ ހިއްސާކުރީ ޔާމީނުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ ޖަމީލެވެ. ނަރީޝް ދިން ހެކިބަހާ އަބްދުﷲ ރަޝީދު ދިން ހެކި ބަހަކީވެސް އުފެއްދި ހެކިކަމަށް ޖަމީލު ބުނިކަމަށް އެ މަސްދަރުން ކަށަވަރު ކޮށްދިނެވެ.

    ޖަމީލު އަދިވެސް ހުރީ ކުރިންވެސް ޖަމީލު ގަބޫލުކުރި ސްޓޭންޑްގައި ކަމަށް އޭނާ ކަށަވަރުކޮށް ދިނެވެ. އަބަދުވެސް ޖަމީލު ގަބޫލުކުރަނީ ޔާމީނަކީ ވަގެއްކަމަށެވެ. އެ ގަބޫލުކުރުމަށް އެއްވެސް ބަދަލެއް ނާންނަކަމަށް އެ މަސްދަރުން މައުލޫމަތު ދެއެވެ. މައްސަލާގައި ޖަމީލު ބޭނުންވާ ގޮތަށް ފުރޮޅާ ނުލެވިގެން އުޅެނީ ދިފާއީ ވަކީލު އާދަމް ޝަމީމް މެންނާ ހެދިކަމަށް ވެއެވެ.

    އުފެދޭ ސުވާލަކީ ޔާމީނަކީ ވަގެއްކަމަށް ޖަމީލު ހިތުގެ އަޑިން ގަބޫލު ކުރާއިރު ޔާމީނުގެ ދިފާއީ ވަކީލުންގެ ޓީމުގައި ޖަމީލު މިކުރަނީ ކީއްކަމާ މެދު އުފެދޭ ސުވާލެވެ. ޖަމީލު ޔާމީނާ މެދު ދެކޭ ބޮޑު މަންޒަރު އާދަމް ޝަމީމުމެންނާ ހުރެ ދައްކާ ނުލެވިގެން އުޅޭއިރު ޖަމީލުގެ ބޮޑު މަންޒަރު ތިލަކޮށްދެވޭނީ ކޮން އިރަކުން ބާއެވެ. އެ މަންޒަރެއް ތިލަވާއިރު ކިހާވަރަކުން ދާނެ ބާވައެވެ.

    ]]>
    Mon, 21 Nov 2022 14:54:52 +0500 ހީރަސް
    މިހާރުން މިހާރަށް ޓޮމް ހިފާ ހައްޔަރުކުރޭ! https://heerasnews.com/716 https://heerasnews.com/716

    ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމާ ނުދިނުމާ ޔާމީނުގެ މައްޗަށް ކުރެވޭނެ ހުކުމަކާ ގުޅުމެއް ނެތެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް ފަނޑިޔާރުންނަށް މުސާރަ ދޭނެއެވެ. ކޮންމެ ސަރުކާރެއް އޮތަސް ފަނޑިޔާރުންނަށް ދެވެން އޮންނަ އިނާޔަތްތައް ވެސް ހަމަޖެހިފައި އޮންނަ އުސޫލަކުން ދޭނެއެވެ. ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތްތައް ދައުލަތުގެ ކެރި ފޯރުންތެރިކަން ހުންނަ ވަރަކުން ދިނުމަކީ ވަކި ގޮތަކަށް ޝަރީއަތްތައް ކުރަންޖެހޭނެ ކަމެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް ފަނޑިޔާރުންނަށެވެ.

    އެހެނެއް ކަމަކު ހިނގަ ހިނގާ އޮތް ޝަރީއަތަކާ ގުޅުވައިގެން ފަނޑިޔާރުންނަށް ބިރު ދެއްކުން ޕީޕީއެމުން އޮތީ މެކުހަށް ޖަހާފައެވެ. ޖަގަހަ ޖަލްސާގެ ނަމުގައި މީހުން އެއްކޮށްގެން ތިބެ ފަނޑިޔާރުނަށް އިންޒާރުދީ ބިރު ދެއްކުމަކީ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީ ސާފުކޮށް ބުނާ އެއްކަމަކީ ޝަރީއަތުގެ ކަންކަމާ އެއްވެސް މީހަކު ނުބެހުމެވެ. ނުފޫޒު ނުފޯރުވުމެވެ.

    ދިފާއުވުމަށް ފުރުސަތު ދީގެން ދައްކާނެ ވާހަކައެއް ދެއްކުމަށް ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތަށް ޝަރީއަތުގެ މަޖިލީސް އޮންނަނީ ހުޅުވާލެވިފައެވެ. ވަކި ގޮތަކަށް ޝަރީއަތުގެ މިސްރާބު ބަދަލު ކުރުވަން ޝަރީއަތުގެ މަޖިލީސް ނޫން ތަނެއްގައި އެއްވެސް ބަޔަކަށް އެއްވެ ތިބެ ވާހަކަ ދެއްކުމަކަށް ހުއްދައެއް ނުކުރެއެވެ. އަމްދުން ފަނޑިޔާރުންނަށް ބިރު ދެއްކުމާ ނުފޫޒު ފޯރުވުން މޭރުންވާ ޒާތުގެ އެއްވެސް ވާހަކައެއް އެކަކަށް ވެސް ދެއްކިގެން ނުވާނެއެވެ. އެއީ ކުށެކެވެ.

    ގިނަ ބަޔަކު ތާއީދު ކުރުމަކީ މީހަކު ކުށެއް ނުކުރާނެ ކަމުގެ ހުއްޖަތެއް ނޫނެވެ. މަހިބަދޫ ދައިރާގެ މެންބަރ އަހުމަދު ތޯރިގު ޕީޕީއެމް ޖަގަހަ ޖަލްސާގައި ރޭގައި އެދެއްކީކީ އާދައިގެ ވާހަކައެއް ނޫނެވެ. ވެރިކަން ނިމެން ދެން އޮތީ ގާތްގަނޑަކަށް ނުވަ މަސް ދުވަސް ކަމަށާއި، ފަނޑިޔާރުން އެމީހުންގެ ރައްޓެހިންނާއި އަދި އާއިލާ މީހުންގެ ކައިރިން ދިވެހި ރައްޔިތުންގެ ވިސްނުން ހުރި ގޮތް ސާފު ކުރުމަށް ބުނި ބުނުމަކީ އިންތިހާ ދަރަޖައިގެ ބިރުވެރި ވާހަކައެކެވެ.

    ތޯރިގު ވާހަކަ ދެއްކި ގޮތުން ދޭހަވަނީ ގިނަ ބަޔަކު ތާއީދު ކުރުމަކީ ޔާމީނުގެ މައްޗަށް ކުށެއް ސާބިތު ވެގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު ފަނޑިޔާރުން ހުކުމް ކުރަނީ ވޯޓެއް ނަގައިގެން ގިނަ ބަޔަކު ވޯޓުދޭ ގޮތެއްގެ މައްޗަކަށް ނޫނެވެ. އިއުތިރާފާއި ހެއްކާއި ގަރީނާ ތަކުން ސާބިތުވާ ގޮތެއްގެ މައްޗަށެވެ. ހުކުމާ ނުރުހޭ ނަމަ އިސްތިއުނާފަކީ ވެސް އޮތް ހައްގެކެވެ. ހުކުމުގެ ކުރިން ބިރު ދެއްކުމާއި އިންޒާރު ދިނުމަކީ އެކަކަށް ވެސް އޮތް ހައްގެއް ނޫނެވެ.  

    ޔާމީނުގެ މައްޗަށް ކޮންމެ ފަދަ ކުށެއް ސާބިތުވިޔަސް ކުށުގެ އަދަބު ކަނޑައެޅުމަކީ ތޯރިގު ބުނާ ގޮތުން ފަނޑިޔާރުން ދޭ އަނިޔާއެކެވެ. ޔާމީނަށް ހައްގުވާ އަދަބެއް ކަނޑައަޅާ ކޮންމެ ފަނޑިޔާރެއްގެ ޒިންދަގީ މިވެރިކަން ބަދަލު ވާއިރަކުން  ދުއްވާ ލާނެކަމުގެ އިންޒާރު ވަރަށް ސާފު ބަހުން މަހިބަދޫ ތޯރިގު އެ އޮތީ ދީފިއެވެ.

    "ގިނަ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ރައީސް ޔާމީންގެ މައްޗަށް ނުހައްގުން އަނިޔާވެރި ހުކުމެއް ކޮށްފައި އެމީހަކު ސަލާމަތްވާނެކަމަށް ހީކުރުމަކީ ކުށްހީއެއް" ކަމަށް ތޯރިގު ބުނާ ބުނުމުން ދޭހަވަނީ ފަނޑިޔާރުންނަކީ ނުހައްގުން އަނިޔާވެރި ހުކުމް ކުރާ ބައެއް ކަމަށެވެ.

    ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރާ ހަތަރު މައްސަލައެއްގެ ޝަރީއަތް މި ވަގުތު ކްރިމިނަލް ކޯޓްގައި ހިނގަމުން ދަނިކޮށް މީހުން އެއްކޮށްގެން ޝަރީއަތްކުރާ ފަނޑިޔާރުންނަށް ބިރުދެއްކުމަކީ ސިޔާސީ ވާހަކަ ދެއްކުމެއް ނޫނެވެ. ހައްގާއި ނުހައްގު ކަނޑައަޅަން ޓޮމަކީ ކާކު ހެއްޔެވެ. ޓޮމް ގަބޫލުކުރާ ގޮތަކީ ހައްގަށް ވެފައި ޓޮމް ގަބޫލު ނުކުރާ ކޮންމެ ގޮތަކީ ނުހައްގު ކަމުގައި ކަނޑައަޅައިގެން ހުކުމް ކުރާ ފަނޑިޔާރުންނަށް ސަލާމަތް ނުވެވޭނެ ވާހަކަ ދެއްކުމަކީ ބިރު ދެއްކުމުގެ އަމަލެކެވެ. ޓެރެރިޒަމަށް ގޮވާލުމެވެ. ޓެރެރިޒަމަށް ހިއްވަރުދީ ބައެއްގެ ލޭހޫނު ކުރުވާ އަނިޔާވެރިކަމަށް ގޮވާލުމެވެ.

    މަހިބަދޫ އަހުމަދު ތޯރިގު ފަނޑިޔާރުންނަށް ބިރުދެއްކުމަށް މީހުން އެއްކޮށްގެން އެމީހުންގެ ކުރިމައްޗަށް ތެދުވެ ހުރެ ދެއްކި ވާހަކައަކީ ކުރެވޭ ޝަރީއަތަށް އޭގެ ނުބައި އަސަރުކުރާ ވަރުގެ ބިރުވެރި ވާހަކައެކެވެ. ފަނޑިޔާރުން ސަލާމަތުން ތިއްބަ ނުދިނުމުގެ ނިޔަތް އޭނާގެ ކިބައިގައި އޮތްކަން ގަބޫލުކުރެވޭ ދަލީލެކެވެ. ފަނޑިޔާރުން ކުރާ ހުކުމާމެދު ރައްޔިތުންގެ އިތުބާރު ކަނޑުވާލާ ކޯޓުތަކުގެ ހުރުމަތް ކަނޑާލުމުގެ އަމަލެކެވެ.މިހާރުން މިހާރަށް ހިފާހައްރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގަން ޖެހެއެވެ.

    ]]>
    Sun, 20 Nov 2022 18:16:35 +0500 ހީރަސް
    ޒުވާނުންނަށް ކެޓެން އުޅެ މައުމޫނު ގާބިހެއް އަޅައިފި https://heerasnews.com/715 https://heerasnews.com/715 މައުމޫނަކީ ހުރިހާ ކަމެއް ދަންނަ ބޭކަލަކަށް ވެގެން އެންމެ މޮޅު މީހާ ކަމަށް ހެދިގެން 30 އަހަރު ވެރިކަން ކުރި ކުރީގެ ރައީސެވެ. ފަލަކީ އިލްމުގެ ފޮތްތައް ގެނެސްގެން އޭގައި ހުންނަ ވާހަކަ ތަކުން ރަސްމިއްޔާތު ތަކުގައި ފޮނި ކެނޑި ރައީސެވެ. އެންމެނަށް އިންޓަރނެޓް ލިބި ފަލަކީ އިލްމުގެ މައުލޫމާތު އެންމެ ކުޑަ ކުއްޖާއަށް ވެސް މިޒަމާނުގައި ލިބެން އެބަހުއްޓެވެ. އެހެނެއް ކަމަކު މިހާރު ވެސް އެމައުލޫމާތު އަމިއްލައަށް ޓްވީޓް ކުރައްވައިގެން ހަނދުހުރި ދަރަޖައާ ދިޔަވަރާ އޮއިވަރު އޮތްދިގަށް އެބަ ކިޔައިދެއެވެ. 

    ވޯލްޑްކަޕް ފެށެން ތައްޔާރުވި ތަނާ ހެނދުނާ ކަރުދަމާ ވާންކޮށް ދެފިޔަ ތަޅައިގަނެ އަޑުގަ ނެތްތަނަށް މައުމޫނުގެ ޓްވީޓެއް އައީ ކުޅުންތެރިންގެ ނަމާ ގުޅޭ ގޮތުންނެވެ. ވޯލްޑްކަޕާ ގުޅުވާ، ޒުވާނުންނަށް ކެޓިލާ މީހާ ފޭމް ވެލަން ރަނގަޅު ވަގުތެއް ވިއްޔާއެވެ. 

    ކުޅުންތެރިންގެ ނަން ކިޔަންވާނީ ރަނގަޅަށް ކަމަށް މައުމޫނު އެދުރު ކަލޭފާނު ވިދާޅުވީއެވެ. ކިޔަންވާނީ ބެންޒެމާއެއް ނޫނޭ ބެންޒީމާ ކަމަށް އަންގަވަތްޕެވެ. 

     

    ދެރަކަމަކީ މި ފަހަރުގެ ވޯލްޑްކަޕްގައި ބެންޒީމާ ނޫނީ ބެންޒެމާއަށް ނުކުޅެވޭކަން މައުމޫނަށް މުޅިން ސާފުވެފައި ނެތި ޓްވީޓެއް ކުރީ ކަމަށް ގަބޫލު ކުރެވިގެން ޒުވާނުން އެކި ތަންތާ ތިބެ މިއަދު އެހެރަ ހޭ ހުނުމެވެ. ސީރިއަސް ނޫނިއްޔާ ޖޯކަށް ވެސް މައުމޫނުގެ ވާހަކަ ދެއްކުމަކީ އެދުރުކަލޭފާނުގެ  ބޭނުމަކީ ތޯއްޗެކެވެ.

    ]]>
    Sun, 20 Nov 2022 13:33:56 +0500 ހީރަސް
    މައުމޫނު ހަލާކޮށްނުލާ އެކަކުވެސް ގައުމުގާ ނެތް! https://heerasnews.com/714 https://heerasnews.com/714 އިސްލާމްދީން ހިމާޔަތް ކުރަންޖެހޭ ވާހަކައާއި އިސްލާމްދީނަށް ތައުހީނުކޮށް ފުރައްސާރަކުރާ ވާހަކަ މައުމޫނާއި މައުމޫނުގެ ލޭ ހިނގާ މީހަކުވެސް ދައްކާކަށް ތާހިރެއް ނޫނެވެ. ހިތުހުރި ގޮތެއް ގައުމަށް ހަދަން ތިރީސް އަހަރުލިބި ދަންނަ ކަމުގެ ފަގުޑި އަޅައިގެން ގައުމު ހަލާކޮށްލީ މައުމޫނާއި މައުމޫނުގެ އާއިލާއެވެ. މިއަދު ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ތައުހީނުކުރަނީ މައުމޫނު ތަރުބިއްޔަތުކޮށް މުޖުތަމައަށް ނެރުނު މީހުންނެވެ.

    ދީން ބަދަލުކޮށް ޖިންސް ބަދަލުކޮށް މީހުން މަގުފުރައްދަމުން ސޯޝަލް މީޑިއާއި ހުޅުވިފައިވާ މުއާސަލާތީ ވަސީލަތް ތަކުގައި ކެމްޕެއިންތައް ހިންގަން ގިނައިން އުޅެނީ ކޮންބައެެއްތޯ ނިކަން ރަނގަޅަށް ބަލާބަލާށެވެ. ހަމަގައިމު މައުމޫނުގެ ރިޔާސީ ގަނޑުވަރުން ކައިގެން ބޮޑެތިވީ ކުދިން މަދެއްނޫނެވެ. ދެން އުޅެނީ އެމީހުންގެ އެކުވެރިންނާއި އެކުވެރިންގެ އެކުވެރިންނެވެ.

    ނަސޯރާ ދީނުގެ ފޮތަކީ ހުންނަ އެއްޗެއްކަން ދިވެހިންނަށް އެގުނީ 80ގެ އަހަރު ތަކުގައި ޑިޕޮލޮމެޓިކް ޕެކްގައި ޕެކް ކޮށްގެން ރިޔާސީ ގަޑުވަރަށް އެތެރެކޮށްގެން ބެހީމައެވެ. ސަލްމާނު ރުޝްދީގެ "ސެޓެނިކް ވަރސަސް" ހުރިހާ މުސްލިމު ގައުމަކުން ކޮންފިސްކޭޓް ކުރިއެވެ.

    އެހެނެއް ކަމަކު މައުމޫނުގެ ފޮތް ހަރުގައި އެ ފޮތް ހުރެ ފޮޓޯކޮޕީ ނެގިގެން އެ ދުވަސްވަރު އަމިނިއްޔާގައި އުޅުނު ދަރިވަރުން ގެންގުޅުނެވެ. މީކީ ތޯތޯ ވާހަކައެއް ނޫނެވެ. މިއަދު ބަލި މީހެއްގެ ގޮތުގައި އޮތް "މަހުދީ އައިޝާ" އާއި އެ ނޫން އެތައް ކުދިންނެއް މަގުފުރެދިގެން ދިޔައީ އެހިސާބުންނޭ ބުންޏަސް ފާފައެއް ނުވާނެއެވެ.  ޑޮކްޓަރުންނާއި ޓީޗަރުންނާއި ވޮލަންޓިއަރުންގެ ނަމުގައި ގައިރު ދީން ފަތުރާ އެތައް ބަޔަކު އެތެރެކޮށް އޭރުގެ ތޫނުފިލި ފުރާވަރުގެ ކިޔަވާ ކުދިން ހަލާކޮށްލީ ނޭނގިއެއް ނޫނެވެ.

    މުޅި ސްކޫލް ސިސްޓަމުގައި ލާދީނީ ބިންގާ އަޅުވައިގެން ލަވަޖަހާ ނައްޓުވާ ދެޖިންސް މަސްހުނިކޮށް މިއުޒިކާ ލަވައިގެ ތެރެއަށް ހުރިހާ ޒުވާނުން ވައްޓާލީ އެނގި ހުރެއެވެ. ސްކޫލު ކުދިންގެ ލަވަ މުބަރާތާއި ހަފްތާ ނިންމުމާ އަންހެން ފިރިހެން މަސްހުނި ވެގެން ކުރެވެން އޮތް ފާހިޝް ކަންކަމަށް ބާރުދޭ ހުރިހާ ކަންކަމެއް ނިޒާމީ ގޮތެއްގައި އައީ ކުރަމުން ކުރިއަރުވަމުންނެވެ.

    އެކި ނަންނަމުގައި ސްޕާ ތައާރަފްކޮށް ހިންގަން ހުއްދަދީ ހަށިވިއްކުމުގެ ވިޔަފާރި ކުރަން އޮތީ ދޮރު ހުޅުވާ ދީފައެވެ. ގިނަ ދުވަހުން ފުޅާވެ ބޮޑުވާ ގޮތަށެވެ. އެއްޖިންސުން ގުޅުން ހިންގާ ކަމަށް މަސްހޫރު އާއިލީ ބޭބޭފުޅުންނާއި މާލޭގެ ގަދަރުވެރި ބޭބޭފުޅުންނަށް އިއްޒަތާއި މަގާމާއި ރައްކާތެރިކަން ދީގެން ފާހިޝް ކަންކަން ކުރުވަން ކަހާތަން ހިރުވާ ނުލާ ހުރީ ގަސްތުގައެވެ. 

    ހޭލުންތެރި ކުރުމުގެ ނަމުގައި ޑްރަގްގެ ވައްތަރު ތަކާއި ބޭނުން ކުރާނެ ގޮތާއި ފައިސާ ހޯދާނެ ގޮތް ސިލްސިލާކޮށް ކިޔާދީ ދުވަހަކު ލޯ ނުދެކޭ ޒުވާނުންނަށް އަޖުމަ ބަލައިލަން ޖައްސާ ޑްރަގްގެ އައްޑާއަކަށް ރާއްޖެ ހެދީ ވެރިކަން ދެމެހެއްޓުމަށް ކޮށްލި ގޮވާމެއް ގޮތުގައެވެ. ބޮޑީ ބިލްޑު ކުރުމުން  އެއުރޯބިކުން ޔޯގާއާއި ހަމައަށް މީހުންގެ ހިތްތައް ލަންބުވާލީ ފިސާރި ހޭލާ ހުރެއެވެ. މިއަދު އެކަން ކަމަކީ ދިރިއުޅުމުގެ އެއް ބަޔަށް އެ އޮތީ ވެފައެވެ. ސިއްހަތާ ދިރިހުރުން އެ ކަންކަމާ ނުލާ ފުރިހަމަ ނުވާ ވަރަށް ސިނކުޑި ތަކަށް ވައްދާ ނިމިފައެވެ. ދެނެއް ހަލާލޭ ހަރާމޭ ގޮވާ ކޮންމެ ކަމެއް ސިޔާސީގޮތުން ޖަހާ ހުޅަކަށް ހެދިޔަސް ވާނެ ކަމެއް ނުއޮންނާނެއެވެ.

    ތައުލީމީ މަންހަޖުގައި އިސްލާމު ދީން އޮންނަނީ ނަމަކަށެވެ. ތައުހީދެއް އަގީދާއެއް ކިޔަވައެއް ނުދެއެވެ. ގުރުއާން އެކުލަވާލާ ކިޔާކަށް ނޭނގެއެވެ. ގުރިއާނުގެ ތަރުޖަމާ އޮތީ ހުއްޖަތަކަށް ނުވާ ވަރަށް ކޮށްފައެވެ. ހިނާ ތާހިރު ވާކަށް ނޭގެއެވެ. ސުންނަތެއް ފަރުލެއް ވަތްކެއް ނުވެއެވެ. ނަމާދާ ރޯދައަކީ ކުރާނެ އެހެން ކަމެއް ނެތިއްޔާ ކޮށްލަން އޮންނަ ކަންކަމެވެ. ފިތުރު ޒަކާތް ނޫން ޒަކާތެއް ނޯވެއެވެ. މޮޅު ސްކޫލު ސިސްޓަމުން ކުއްޖަކު ނިމިގެން ނިކުންނައިރު ކުދިންގެ ހާލަކީ މިއެވެ.

    އަނެއް ކޮޅުން ރިބާއަކީ ދިރިއުޅުމުގެ އެއްބައެވެ. މުޅިދައުލަތް ރިބާއާއި ނުލާ ދެމި ނުއޮންނަ ވަރަށް ރިބާ ކެއުމާ ދިނުމާ ނެގުން އޮތީ މަޖުބޫރު ކުރުވާފައެވެ. އިސްލާމު ދީނަކީ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރޭ ނަމެއްގައި ލިޔެފައި އޮވެއެވެ. އިސްލާމީ ޝަރީއަތާއި ހިލާފު އެތައް ގާނޫނެއް ހަދާ ހިންގި އިރު ކަހަރު ވަކެކޭ ވެސް މައުމޫނު ހިތައް ނާރައެވެ. ވާނީ އެހެންތާއެވެ. މުޅި އިސްލާމު ދީނަކީ ތިމާ ކަމަށް ހެދިގެން ޝައިހުލްއިސްލާމު ކަމުގެ ފަގުޑި ބޮލުއަޅައިގެން އުޅެމުން ކަރުގައި އަޅާފައި އޮތީ ކްރިސްޓިއަނުންގެ އެންމެ މަތީ ސޮލީބީ ލަގަބު ގްރޭންޑް ކްރޮސްއެވެ.

    ބަގަރާ ސޫރަތުގައި އަންގަވާފައި ވާފަދައިން ދުލުން ކިޔަނީ އިސްލާހުކުރާ ވާހަކައެވެ. އެހެނެއް ކަމަކު އެ މީހުންގެ ތެރޭގައި އެ މީހުންގެ މީހެކެވެ. އަހަރެމެންގެ މައްޗަށް އަމުރުކޮށް ފަތުވާ ދޭއިރު އަހަރެމެންގެ އިމާމުލްއަކުބަރެވެ.

    މައުމޫނު އިސްލާމް ދީން ބޭނުންކުރިީ ވެރިކަމުގައި ގިނަ ދުވަހު ދެމިހުރުމަށް ސިޔާސީ އައްޑަނަ އަކަށެވެ. މިއަދު ގައުމަށް ޖެހިފައި މި އޮތީ މައުމޫނު 30 އަހަރުގެ މަސައްކަތުން ގައުމަށް ޖެއްސި ހާލެވެ. ފައި އިނދޭ ފުރައިން ފެށިގެން ރިޓަޔަރ ކުރާ އުމުރާ ހަމަޔަށް މައުމޫނު ހަލާކޮށްނުލާ މީހަކު ނެތެވެ. ސިޔާސަތު ކަނޑަ އަޅާކަށް، ސިޔާސަތެއް ތަންފީޒު ކުރާކަށް ވެސް މައުމޫނު ހަލާކޮށް ނުލާ ހުރި ހަމަ އެކަކު ނެތެވެ.

    ވޭތުވެ ދިޔަ ހަތަރު އަހަރެކޭ އެހެން އެއްޗެކޭ ގައްސާނު ވެސް އެހެން މީހަކު ވެސް ކިޔާނެ ކަމެއް ނެތެވެ. އަދިވެސް ދިވެހިންނަށް ދެވުނު ކެހި ކުޑަވެ މާ ގައުމީ ވެގެން ދަރިއަކު ޕާޓީއަކަށް ފޮނުވައިގެން މުށުން ދޫވި ގުމުރީ ހިފަން މަޅިފަތި ޖަހައިގެން މައުމޫނު އޮންނާނެ ކަމެއް ނެތެވެ.

    ]]>
    Sun, 20 Nov 2022 01:15:44 +0500 ހީރަސް
    ހެޔޮވެރިކަން: ފެނަކައިން މުއައްޒަފުން ތަމްރީނު ކުރަން ފެށުން https://heerasnews.com/713 https://heerasnews.com/713 މިފްކޯގެ 14 އައިސް ޕްލާންޓެއް ހިންގާ ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. އައިސް ޕްލާންޓްތައް ހިންގާ ބެލެހެއްޓުމަށް ބެނުންވާ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ފެނަކައިން މިއަދު ފަށައިފިއެވެ. ތަމްރީނުތައް ކުރިއަށް ދާނީ ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެންނެވެ.

    މިފްކޯއިން ފެނަކައާ ހަވާލުކޮށްފައިވާ 14 އައިސްޕްލާންޓަކީ:

    • ހއ. އިހަވަންދޫ
    • ނ. ޅޮހި
    • ރ. އަލިފުށި
    • ބ. ތުޅާދޫ
    • ފ. ނިލަންދޫ
    • ތ. ހިރިލަންދޫ
    • ގއ. ދާންދޫ
    • ގއ. ދެއްވަދޫ
    • ގއ. ގެމަނަފުށި
    • ގއ. ކޮލަމާފުށި
    • ގދ. ފިޔޯރީ
    • ގދ. ފަރެސްމާތޮޑާ
    • އައްޑޫސިޓީ ހިތަދޫ އައިސް ޕްލާންޓެވެ.

    އައިސް ޕްލާންޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީންކުރުމަށްޓަކާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި ފެނަކަ ގުޅިގެން ހިންގަނީ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެކެވެ. ކޯހުގައި 32 މުވައްޒަފުން ބައިވެރިވެއެވެ. މި ކޯސް ހިންގުމުގެ މައިގަނޑު މަޤްސަދަކީ ރެފްރިޖަރޭޝަން ދާއިރާއިން ގިނަ މުވައްޒަފުން ތަމްރީނު ކުރުމާއި، މަސްވެރިންނަށް ދެވޭ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމެވެ.
    ކޮންމެ އައިސް ޕްލާންޓަކަށް މަދުވެގެން 2 މުވައްޒަފުން ތަމްރީނު ކުރެވޭ މި ކޯސް ފުރިހަމަކޮށް ނިމުމުން އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗްގެ މުވައްޒަފުންނަށް ހައްލު ކުރުމަށް ފަސޭހަ ވެގެންދާނެއެވެ.

    ]]>
    Sat, 19 Nov 2022 18:40:19 +0500 ހީރަސް
    މަންޑޭލާއަށް ވާންއުޅެ ނުވެވި އެންމެފަހުން މުގާބޭއަށް! https://heerasnews.com/712 https://heerasnews.com/712 ޖިސްމެއް ނެތް ހަސަނު ކުރުސީއެވެ. އީސަދަރިޔާ ނައިބު ތުތްތުވެސް ތިޔަ ޒާތަކަށް އުޅުނެވެ. ނައިބު ތުއްތެއް ބެރެއްކެއް ނުހަދާނެއެވެ. ބެރެކި ހަދަނީ އީސަ ދަރިއެވެ. އާބިދާގެ މޮހަނދަށް ވެސް ވެގެން ތިޔަ އުޅެނީ އެހެންތާއެވެ. ޖިސްމެއް ނެތަކަސް ފުރާނައެއް ނެތަސް ޓްވިޓަރ އަތްގަނޑެއް އެބަ އޮތެވެ. އާބިދާ މޮހަނދުގެ ތޮބިއްޔަތު ބަޔާން ކުރުމުގައި ހޭކެނޑޭށެވެ.

    މަންޑޭލާއަށް ވާން އުޅެއުޅެ އެޔަކަށް ނުވެ މިޔަކަށް ނުވެ އެންމެ ފަހުން މުގާބޭ އަށް ނުވެ ސަލާމަތްވީ ކިރިޔާއެވެ. އަރިއަޅާލައިގެން ވެއްޓުނު ކަމުންނެވެ. ކޮޅަކުން ކޮޅެއްގައި ލައްވާލާނީ ދެ ފަހަރު އެކައްޗެއް ކިޔާ އެއް ގޮތަކަށް އުޅެވުނު ނަމަ ތާއެވެ. ޑިމޮކްރަސީ އަނދުން އަޅައިގެން އުޅެނިކޮށް އެޅި އަދުން ފިލާ ހިނގައްޖެއެވެ. ގައިލައިގެން އޮތް ބޮކުހަންގަޑު ފަޅަފަޅައިގެން ގޮސް އަސްލު ސޫރަ ފާޅުވެއްޖެއެވެ.

    އެލެކްސް އަހަންމަދަށް ހިފަހައްޓާ ނުލެވުނީމާ ހަސަނު ކުރުސީ ނިކުމެ ހޯބޯލެވިޔަސް އަލަކުންނެއް ހޯދޭނެ މޮޅެއް އޮތެކޭ ހަމަ ހިޔެއް ނުވެއެވެ. ކަނޑު ދުވަން ލިބުމުން މާކެޔޮޅު ކަނޑު މެދަށް ފުންމާލާ ބަކަތަޅަމުން ވަރުނުލާ ރާޅުގަޑުން އުސްފަަސްގަޑަށް އަރާ އޮވެ މިއޮޑިއެއް ނުފެތޭނެޔޭ ގޮވީ އޮޑިފެތި ބަންޑުން ޖެހި ގަދޫކޮލުން ބޭރުވެވޭ އޮއްވާ ނޫން ހެއްޔެވެ. ފަޅުވެރިންގެ ހިއްވަރާ މިންނަތުން ބެހިގެން ދިޔަނުދީ ކޮޅާ މަދަން އަޅާ ހަތް އަހަރުގެ މަސައްކަތުން މާކެޔޮޅަކު ހޯދާ ފައްސިޔާގައި ކަނޑު ދުވަން ނިކުތީމާ މާކެޔޮޅުކަން އަލުން ހޯދަން ތިޔަ ތެޅެގަތީ މާވަރަކަށެވެ.

    އާބިދާ މޮހޮދުގެ ޖިސްމެއް ނުވާ ހިޔާލީ ހަސަނަށް ވެޑުވެވޭނެ ކުރުސީއެއް ނުއޮންނާނެ ތާއެވެ. ކުރުސީއެއްގައި ވެޑުވެވޭނީވެސް ޖިސްމެއް ލިބިގެން ވާނަމަތާއެވެ. އާބިދާ މޮހަނދަށް ވެސް ޝަހުސު ފޮރުވައިގެން ދެބޯގެރި ދުއްވަން އުޅެވޭނީ ކުޑަ ދުވަސް ކޮޅަކުއެވެ. ބަޔަކު މޮޔަ ހައްދާ ކަނު ބަނދެގެން ގެންގުޅެވޭނިވެސް މިންވަރުގެ ކޮޅަށެވެ. ބައެއް ފަހަރު އެންމެން މޮޔަ ހެއްދުނަސް އަބަދަކު އެންމެނަކު މޮޔައެއް ނުހެއްދޭނެއެވެ. އެންމެނަކު އަބަދަކު މީހެއްގެ ލޮލުން އެމީހެއްގެ ދުނިޔެ ނުބަލާނެކަން އެގެން ޖެހެއެވެ.

    ކޮންމެ ފަހަރަކު ކާޅު ހާލިހެދީމާ އައިސް އެޅިބިހުން ނިކުތީ ހުސް ކާޅުކޯއްޔެވެ. އޮޅިގެންވެސް ޑިންޑިން ކޯއްޔެއް އެއިން ހައްޔަކުން އުފަނެއް ނުކުރިއެވެ. މަދޮއްޓެއްހާ ލޮލުއޮށް ރަތް ކާޅުކޯލިތައް ބިސްއަޅަން އޮތް ހާލިން ދަމާ ބޭރުކުރަން ފަރިކޮށްފައި އެ ތިބީ ގަޑިގުނާލަ ގުނާލައެވެ.

    ހަސަނުކުރުސީއަށް އަދިވެސް ވަށާ އޮތް ދުނިޔެ ތިޔަ ފެންނަނީ އަޅައިގެން ހުރި އައިނުގެ ބިއްލޫރި ގަނޑުގެ ކުލައިންނެވެ. އައިނުނަގާ ލޯހުޅުވައިގެން ނިކަން ރަނގަޅަށް ވަށާ ހިނގާ ކަންކަމަށް ބަލާބަލާށެވެ. މަންޒަރު ބަދަލު ވެއްޖެއެވެ. ޖިސްމެއް ނެތް ހަސަނަށް ވެސް ތިޔަ ހީވަނީ ފުޅަށް ބުޑުން ދާހާ ބަޔަކީ ކެޔޮގަނޑު ކަނޑަން ދާމީހުން ކަމަށެވެ.

    މޫސާގެފާނުގެ ފިރުއައުނު ވެސް އުޑަށް އަމުރު ކުރީމާ ވަރޭ ވެހުނެވެ. އޭނާއަށްވެސް ކަލާނގެ ވަންތަކަން ލިބި ނުވާކަން އެގުނީ ކަނޑުގައި ގަރަގުވާން ފެށުމުންނެވެ. އޭރު މާލަސްވެއްޖެއެވެ. މިހިރަ މިހިރަ ކަންކަމުން ހަސަނު ކުރުސީއެއް ކަމަކު އިބްރަތް ހޯދަން ޖެހެއެވެ. ނޫނީ މާލަސް ވެދާނެއެވެ.

    ]]>
    Sat, 19 Nov 2022 17:16:40 +0500 ހީރަސް
    އިންތި އަދިވެސް ދާންވީ ޓީވީ ޗެނަލަކަށް! https://heerasnews.com/711 https://heerasnews.com/711 އެތައް ދުވަހެން ވަންދެން އެމްޑީޕީގެ ސްޕޯކްސްމަންގެ އިތުރުން މަޖިލީހުގައި އިނުމާއި ނަމުގެ ކުރިޔަށް އުސްތާޒެއް އޮންނާތީވެ ހީކުރީ ކަންކަމުގައި ކޮންމެވެސް ވަރެއްގެ ކެއްތެރި ކަމެއްވެސް ހުންނާނެ ކަމަށެވެ. ހަޖަމުގެބައި ވެސް ހަމަބުއްދިހުރި އިންސާނެއްގެ ކިބައިގައި ހުންނަންވީ ވަރަށް ހުންނާނެ ކަމަށެވެ. އެއްވެސް އިންތިހާބަކުން ތިމާ ބަލިވެއްޖެއްޔާ ހަތަރުދަމު އުކުނޑި ކޮއްޓައި ބޭރަށް ހިންގައި ފާހާނާ ތަށިމަތިން ނުތެދުވެވޭ ވަރުގެ އުރަތްޕެއް ނެތް ސޮހޮލަކަށް ވާނެކަމަކަށް ހިޔެއް ނުކުރަމެވެ.                                                އެކަމަކުވާ މިޔޮށްވީ ގޮތެކެވެ. އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައި ބޮޑު ތަނުން ބަލިވީމާ ތިއުޅުއްވާ އައްޗިފާޑުން އެހެން މީހުންގެ ބޮލަށްވެސް އުނދަގޫވާން ފަށައިފިއެވެ. ވާނީވެސް އެހެންތާއެވެ. ޅޮސް އުނދޯލީގައި ބައިންދައިގެން އަވާމެންދުރު ދައްކައިގެން އުޅުނު މީހުން ދެއްކީ މާ ޗާލު ނަލަ މަންޒަރެއް ވިއްޔާއެވެ. އެކުއުޅޭ ވާދަވެރިންނާ ދިމާކޮށް އިންސާނީ ގަދަރާއި ހުރުމަތް ކަނޑާ ދުލައް އައިހާ އެއްޗެއް ގޮވިއިރު ބައްލަވާ އެ މަނިކުފާނު އިންނެވީ  އަތްތިލަބަޑިޖައްސަވައި ހިނިވަޑުވާށެވެ. ދުނިޔެ ރަންބުއްދިވެފައެވެ. އޭގެސަބަބުން އެއްކަލަ ރުހިތިބި ކުދީންކޮޅާ ވެސް ވިއްޔަކީ އަމަށަކު ފޫއްސެއް ނޫނެވެ. އެކަމަކު ދެރައީ މާގާތްކަމަށް ދައްކައިގެން ގާތުގައި އެ އުޅުނު ބަޔަކު ވަކި މީހަކަށް ހަސަދަޔެއް ފިލުވާލަން ވެގެން ތިމާއަކީ ކަތިލާން ގެންގުޅު ކަންބަޅި ބަކަށްޓެއްކަން ވިސްނޭވަރުގެ ސިކުނޑިއެއް ތިމާގެ ނެތީތީއެވެ. އެންމެފަހުން އެންމެން ކުރިމަތީގައި އޮރިޔާންކޮށް ވާނެ އެއްޗެއް ވީމާ އަދިވެސް ތިޔަ ރުޅި ބާލަނީ އެހެން މީހުންނަށެވެ. ވީކިހިނެއް ކަމާމެދު ފިކުރު ހިންގައި ބަލާންނޫޅެ އަދިވެސް ތިޔަ ހިނގެނީ ހަމަ އެއްކަލަ ބައިގަނޑާ އެކުގައެވެ.

    ކުރިޔަށް އޮތް މަޖިލީހުގެ އިންތިހާބުގައި ތިޔަ ގޮނޑި ނުލިބިއޖިއްޔާ ކޮއެފުޅަށް ވެދާނެ ގޮތަކާމެދު ސަހަރޯވެރި ވާތީވެ ހެޔޮއެދިގެން ބުނެލަމެވެ. އަވަހަށް ކޮންމެވެސް ޓީވީޗެނަލަކުން ޖާގައެއް ހޯދައި ތައްޔާރުވާށެވެ. ކުރީން ވެސް ކުރިގޮތައް އެކަން ކުރެވޭތޯ  ބަލައި އަވަހަށް ފަރިތަ ކުރަން ފަށާށެވެ. އެހެންނޫނީ 2024 ގައި ގޭދޮށު ކުދީންކޮޅު ނޫނެކޭ ބުނެފިއްޔާ އުސްތާޒަށް ޖެހުނު ތިޔަ ބަލި ބޮޑުވެ އެންމެ ފަހުން ގުރައިދޫގައި ބަހައްޓާން ޖެހިއްޖެއްޔާ މާދެރަވާނެއެވެ!

    = ފއމ=

    ]]>
    Sat, 19 Nov 2022 12:47:09 +0500 ހީރަސް
    އެސްޓީއޯއަށް އެންމެ މުއައްޒަފުން ބޭނުމީ ފާމަސީތަކަށް https://heerasnews.com/710 https://heerasnews.com/710 އެސްޓީއޯއަށް މި ވަގުތު އެންމެ ބޮޑަށް މުއައްޒަފުން ބޭނުންވަނީ ފާމަސީއާ ގުޅޭ ވަޒީފާތަކަށެވެ. އެހެންކަމުން ފާމަސީއާއި ގުޅުން ހުރި ވަޒީފާތަކަށް މި ވަގުތު މުއައްޒަފުން ބޭނުންވާ ކަމަށް އެސްޓީއޯގެ ޓެލެންޓް އެކުއިޒިޝަންގެ މެނޭޖަރު ހައްވާ އިހުސާނާ ވިދާޅުވެއެވެ.

    ގދ. ރަތަފަންދޫ އާއި އއ. ތޮއްޑޫ ގެ އިތުރުން މާލެއާއި ހުޅުމާލޭގެ ފާމަސީ ތަކުގައި ވަޒީފާ އަދާކުރާނެ މުއައްޒަފުން ހޯދުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ ހުޅުވާލާފައެވެ. ފުރުސަތު ހުޅުވާ ލެވިފައިވަނީ ފާމަސީ އެސިސްޓެންްޓްގެ ވަޒީފާއާއި މެކޭނިކަލް އެސިސްޓެންޓްގެ ވަޒީފާއަށެވެ. ހަމަ އެހެންމެ އެޑްމިނިސްޓްރޭޓިވް އަދި ފައިނޭންސްގެ ދާއިރާ ތަކުން އިންޓަޝިޕްގެ ފުރުސަތުވެސް އެސްޓީއޯގައި އޮތީ ހުޅުވިފައެވެ.

    މިހާރު ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށްދާ ނެޝެނަލް ސްކިލްސް އެންޑް އެކްސްޕޯގައި ހުންނަ އެސްޓީއޯ ސްޓޯލުން ވަޒީފާތަކާއި އަދި އިންޓާންޝިޕްއާ ގުޅޭ މައުލޫމާތު ލިބޭނެއެވެ. އެކްސްޕޯގައި މާދަމާ ހަވީރު ހަތަރަކުން ރޭގަނޑު 12 އަށް މައުލޫމަތު ދިނުން ކުރިއަށް ދާނެއެވެ،

    ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ވެސް ފާމަސީތައް ގާއިމްކޮށް އެސްޓީއޯއިން ދަނީ ހިންގަމުންނެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި އަސާސީ ބޭސް ލިބެން ހުންނާނެ ގޮތް ހެދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރަށްރަށުގައި ބޭސް ފިހާރަތައް ގާއިމުކޮށް ހިންގަނީ އެސްޓީއޯ އިންނެވެ.

    ]]>
    Sat, 19 Nov 2022 00:53:22 +0500 ހީރަސް
    ހުސްވި ހަތަރު އަހަރު ގައްސާން އޮތީ ކޯމާގައި! https://heerasnews.com/709 https://heerasnews.com/709

    ތިރީސް އަހަރު މުޅި ރާއްޖެއަކީ އަމިއްލަ މިލްކަކަށް ހަދައިގެން އުޅުނު ބައިގަނޑު ނިކުމެ ގެއްލުނު ފުރާވަރު ހޯދަން ދަތްދިލުވާތީ ދަތް ވިކެއެވެ. ދައުލަތުގެ ފައިސާކައިކައި ތިއްބާ އުފެދުނު ދަރިފަންޏަކުން ދަރިމައިވެ ދައުލަތުގެ ތަންމައްޗަށް ވިހާ ދައުލަތް ކައިގެން ބޮޑުވި މަސްގަނޑެއް ދައުލަތުގެ ފައިސާގެ ވާހަކަ ދައްކާތީ ދަތްކޮޅު ފައިބާހާ ވެއެވެ.

    ކަށިނުޖެހޭ ގޮމައްޓެއްހެން ބާންދީންނާއި ގަހުރަމާނުން ކިހިލިން އުދުހުނު ހަނދާން އާވެ ލޮލަށް ފިޔާ ދިލަ ވިޔަސް ނާރުވާ ނުހުރެވޭނެތާއެވެ. ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގެ މައްޗަށް ކުޑަކަމު ދިޔަ ދުވަސް ހިތަކުން ނުފިލާނެއެވެ. އެރި އޮވެ ބޮޑުކޯމަހެއްހެން ބަކަތެޅި ޕޫލުމަތިން ހިތެއް ނުކެނޑޭނެއެވެ.

    ހާޖަތަށް ދިޔަ ރަންތަށީގެ ވިދުވަރުން ލޮލުގެ ކޮއެ އަނދާ ވަރަށް ވިދުން ގަދަވެ ކަންނާޑިއެއްގެ ފަހަތަށް ލޯލައިގެން އުމުރު ހުސްކުރަން ޖެހުނު ތަށިމައްޗަށް ތިރި ނުވެވޭތީ އަސަރު ފަށެއް ކުރާނެއެވެ.

    ކަލޯ ކުޑަ ސޮރާއެވެ. އުފެދި ވިހާ ބޮޑުވީ ވެސް ރައްޔިތުންގެ ފައިސާއިންނެވެ. މިހާރު ތިޔައިން ގޮނޑިއެއް ހޫނުކޮށްގެން ވެސް ތިޔަކައި ނަގަނީ ރައްޔިތުންގެ ފައިސާއެވެ.

    އުފަންކުރުވާ ކާންދީ ބަލާ ބޮޑުކޮށް ޝާނާ ޝައުކަތު ހޯދާ ދިން ބަފާމިހާ ދޮޅިއަޅާލި ބޮޑުބޭބެގެ ކަފުގައި ތިޔަ ހުންނަނީ ދައުލަތުގެ ބޮޑު ތިޖޫރިއަށް އަތްދަރާ ލެވެން ދެން ކަން ނޭގެނީ ކާކަށް ހެއްޔެވެ.

    ފޭބި ހަތަރު އަހަރުގެ ވާހަކަ ދައްކަން އެންމެ ތާހިރީ ގައްސާނެވެ. ގަމާރު ކަމުން ވާނުވާ ނޭގެނީ ހެއްޔެވެ. ނޫނީ ގަސްދުގައި ފިތުނަ އުފައްދަނީ ހެއްޔެވެ. ފޭބި ހަތަރު އަހަރުން ދެއަހަރު މުޅި ދުނިޔެ އޮތް ހާލު ނޭނގޭ ހާ ގަމާރީވިއްޔާ އިގްތިސާދީ ވާހަކަ ނުދައްކާށެވެ. ރާއްޖޭގެ ބޯޑަރ ހުޅުވުނަސް ދުނިޔޭގެ ތާކުން މީހުން އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރާކަން އެނގޭ ވަރަށް ވުރެ ލޮލުހާލު ދެރައީތާއެވެ. ދުނިޔޭގެ ބޯޑަރުތައް ބަންދުވެ އެއްތަނުން އަނެއްތަނަށް ދަތުރުކޮށް މުދާ އުފުލާ ނުހެދުނުކަން ހަނދާނެއް ނެތް ދޯއެވެ. ބޭނި މަސްކޮޅު ވިއްކަން ބޯޓެއްގައި ގޮސް ވަދެވުނު ބަނދަރެއް އޮތް ހެއްޔެވެ. ކޮވިޑްގެ ވަބާގައި ދުނިޔޭގެ ގައުމުތައް ހުއްޓި ބަނގުރޫޓްވެ އިނދަ ޖެހުނުތައް ނުދެކެން ހެއްޔެވެ.

    ޓޫރިޒަމާއި މަސްވެރިކަމަށް ބިނާވެފައި އޮތް މި ރާއްޖެ ބަނޑަށް ނުޖެހި ބޭރު ފައިސާގެ ރަސްމީ ރިޒާވު ހުސްނުވެ 491 މިލިއަން ޑޮލަރަށް ތިރިވެފައި އޮތްކަން ވެސް ނަސީބެވެ. ޓޫރިސްޓަކަށް އެތެރެއެއް ނުވެވެއެވެ. ބާނާ މަހެއް ބޭރެއް ނުކުރެވެއެވެ. ރާއްޖެއިން މަސް ބޭރުކުރާ މިންވަރު ހަތަރު ހާސް ޓަނު މަދުވެފައިވާ ވާހަކަ މިހާރު ދައްކަނީ ލަދު ހަޔާތް ކުޑަކަމުންނެވެ. އެހާލުގައި ގައުމުތައް އޮތް އިރު މަޖިލިސް ބަންދުކޮށް ގޭގައި ތިބެގެންވެސް ބޮޑު މުސާރަ ނަގައިގެން ކޭ އިރު ކައިރި ގެއަކަށް ރޯދަ ވީއްލުމެއްހާ ވަރުވެސް ދިއްކޮށް ނުލާ ތިބެ ހަތަރު އަހަރޭ ރައްޔިތުންނޭ ރިޒާވޭ ކިޔައިގެން ދަތް ދިލުވާކަށް ލަދެއް ހަޔާތެއް ނެތެވެ.

    ކައިރީގަ އޮތް ލަންކާ ބަނގުރޫޓްވެ ހަސްނެތިގެން ދިޔަ ގޮތަށް ރާއްޖެ ބަނގުރޫޓޫ ނުވެ ސަލާމަތްވެފައި އޮތީ ވެރިއަކަށް ހުރި މީހެއްގެ ހިކުމަތްތެރިކަމުން ކަން ނޭގުމަކީ ޖާހިލުކަން ނޫން ކޮން ކަމެއް ހެއްޔެވެ. ތަންތާނގައި މިލިޔަނުން ލައްކައިން ހާހުން ސަތޭކައިން މީހުން މަރުވަމުން ދިޔަ ތަނެއް ނުފެނޭ ހެއްޔެވެ. ރާއްޖޭގައި ދިރިއުޅުނު މަދު މީހަކު ނޫނީ މަރުން ސަލާމަތްވެ ބަނޑުފުރާނަ މުއްތިކޮށް ހެލިފެލިވެ އުޅެވޭވަރު ސަރުކާރަކުން ކުރިތަނެއް ނުދެކެން ހެއްޔެވެ. ދުނިޔޭގައި އެންމެ ރަނގަޅަށް އެންމެ އަވަހަށް ކޮވިޑް މެނޭޖުކުރި ގައުމަކަށް ރާއްޖެ ވީއިރު ގައްސާނު އޮތީ ކޯމާގަހެއްޔެވެ.

    ގެއްލުނު އަރާމާ ލައްޒަތުގެ މަސްތުގައި މޮޔަ ނުގޮވާ 30 އަހަރު ދައުލަތް މިލްކު ކޮށްގެން އުޅުނީތީ ބަފާމީހާއަށް ކޮންމެ މަހަކު ދޭ ލާރިގަނޑާ ގޮނޑި ހޫނުކޮށްގެން ތިޔަ ހޯދާ ފައިސާ ގަނޑު ބައްކޮށްގެން މަޑުން ތިބެވޭތޯ ބަލާ ބަލާށެވެ.  

    ]]>
    Fri, 18 Nov 2022 23:12:27 +0500 ހީރަސް
    ފައިނު ވައްޑެ ކިޔެވީ ކޮން އެއްޗެއް! https://heerasnews.com/708 https://heerasnews.com/708 ތިމާޔަށް އަރަބި ތައުލީމުދޭ ތަނަކުން ދެފިލި ދަސްވީމަ އަމިއްލަޔަށް ޝޭޚު ހެދިގެން އެއުޅުނުގޮތް ދިވެހީން ދުށްޓެވެ. އެންމެ ފުރަތަމަ މައުމޫނާ ޔާމީނަށް ސަނާކިޔާފަ މަޖައްލާ ނެރެދީފަ މޮޅުކަމެއް ނުލިބުމުން އެންމެފަހުން އެލިގަތީ އެމްޑީޕީގަދޯއެވެ. ނަސީބަކުން ކައުންސިލަރ ކަން ލިބުމުން ފައިނު ވައްޑޭގެ ހިތް އާސުމާނަށް އެރިޔެއް ކަމަކު ފަހުން އެވެރީންވެސް ބަލައިނުގަނެ މަގުމަތި ކޮށްލި ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟

    ދެންނުކުތުމުން ތިޔަ މީހާ މީހެއްކަމަށް ހަދައިދިނީ ހަމަ އެމްޑީޕީންނެވެ. ހީކުރެވުނީ ތީވާ ރަނގަޅު އިލްމެއް ލިބިގެންހުރި ތަންކޮޅެއް ހުލްގު ހެޔޮވާނެ މީހެއް ކަމަށެވެ. އެކަމަކު މިއަދު ތިޔަ ތެޅިބާލަނީކީ އަމަށަކު ގޮތެއް ފޮތެއް ހުރި މީހަކު އުޅޭ ފާޑަކަށް ނޫނެވެ. ދީނީގޮތުން ފިލާވަޅެއް ލިބިފައި ހުރިނަމަކަ ތިމާ ވެސް ފޫގަޅައިގެން ނުކުމެ ހޮވާފައިހުރި ވެރިޔަކަށް ހައްގުން ކަމަކާ ނުލައި ތިޔަ ކުރާ ފުރައްސާރަ ތަކެއް ނުކުރީހެވެ.

    ބަލަގަ ވައްޑޭއެވެ. ހަމަ ކުރާން އުޅުނު އެއްކަމެއް ވެސް ނުކުރެވި ބޭޒާރުވުމުން ތީގެ އެތެރޭގައި ހުރިކުނި ދިޔަތައް ދެމިޔަކަނުން ފައިބައި މީހާ އިތުރަށް ބޭޒާރުވުން ނޫންކަމެއް އަމުދަކުން މިހާރަކު ނުވެއެވެ. އިންތި ގޮވައިގެން ޗެއަރ ޕާސަންކަން ދޭން ނުކުމެ ކާމިޔާބުގެ ކޮޅުމައްޗެއް ނުފެނުމުން ހީކުރީ އެމްޑީޕީގެ މެމްބަރުންނަށް ފުރައްސާރަކޮށް ތުންފުއްސައް ދާންދެން ގޮވައިގެން އެމީހުން ލަދުގަންނުވައި އަމިއްލަކޮޅު ބޮޑުކޮށްލާނެމޭ ހެއްޔެވެ. ނޫނެކެވެ. ތިޔަކުރަނީ ރޭވިގެން ކުރާކަމެއްކަން މިހާރު އެންމެނަށްވެސް އެބައެނގެއެވެ. 

    ރައީސް ސޯލިހަކީ ތިޔަހެން ކުރަތްޕެއްހެން އުދުހިލާއިރަށް އުސޫލުތައް ދޫކުރައްވައި އެޅިހާ ބަތަކަށް ރިހަވެގެން ބައެއްގެ ފައިބުޑައް ވެއްޓި ވަޑައިގަންނަވާނެ ބޭފުޅެއް ނޫނެވެ. ވެރިކަން އެކުރައްވަނީ އެ މަނިކުފާނު ވެސް އެންމެ އިސްދައުރެއް އަދާކުރައްވައިގެން އުފެއްދެވި ޕާޓީގެ ވޭތުވެދިޔަ 17 އަހަރުގެ ތަޖުރިބާޔާ އަދި އެމަނިކުފާނުން މަޖިލީހުގައި ހޭދަކުރެއްވި 25 އަހަރުގެ ދިގުމާޒީގެ ތަޖުރިބާއިން އިބުރަތް ލިބިވަޑައިގެން ހުންނަވައެވެ. ފިސާރި ސާބިތުކަމާއެކުގައެވެ. ހުލްގު ހެޔޮކަމާ އިންސާފުވެރި ކަމާއެކުގައެވެ.

    ތިޔަ ކަހަލަ އަނދޮޅަކަށް އަދި ދުނިޔެ ނޭގިދާނެއެވެ. މައިތިރި ނުވެގެން ތެޅެނީ ހިތުން ތިހެން ވަށްވަށް ޖަހާލީމައި ހީބިހި ނަގައިގެން ކަލޭމެން ޕާޓީން ވަކިކޮށްލާތޯ ބަލައި އިދިކޮޅަށް ރަސްމީވެ ނުކުންނާންޖެހޭ ހުއްޖަތެއް ގާއިމު ކުރަންކަމަށް ހެއްޔެވެ؟

    ޕީޕީއެމްގެ ތަބަކުން ޓިކެޓުދިން ވަގުކަލޭގެ އަތުން އެ ފުރުސަތު ގެއްލިއްޖިއްޔާ ދެން ހިރަފުހާ މެކިފައި އޮތަސް އެ ޓިކެޓު ގަނޑު ރައީސް ނަޝީދަށް ދީގެން 2023 ލިބިދާނެ ކަމުގެ ހުވަފެން ދައްކައިގެން ތިޔަ ކުރަނީ ފިސާރި އިޔަހޫދި ދެގޮތް ދެފުށް މަސައްކަތެކެވެ. އާހިރުގައި އަގުވެއްޓާ ބާކީ ކޮށް ލެވޭނީ ރައީސް ނަޝީދެވެ. ތިޔަ ޖަހާ މަޅީގައި ޖެހިވަޑައިގެން ރައީސް ނަޝީދަށް ވާންވީ އެއްޗެއް ވާންވީއެވެ.

    އެމްޑީޕީ އަކުން ރައީސް ނަޝީދު ބާކީކޮށް ފަލީހަތް ކުރާކަށް އަމުދަކުން ނޫޅެއެވެ. ރައީސް ސޯލިހެއްވެސް އެކަން ކުރައްވާކަށް ހަމަ ނޫޅުއްވައެވެ. މުލީއާގޭ ތެރޭގަ އެވެނިކަމެކޭ މިވެނި ކަމެކޭ ކިޔައިގެން އަނގައަރުވައި އިތުރަށް ބޭޒާރުވާން ނޫޅޭށެވެ. ތިއުޅެނީ ހަމަ އެތެރޭގައި ދުރޫސުލް އަހުލާގުގެ ޒައްރެއްވެސް ނެތިގެންނެވެ. ކުރިން ހީކުރެވުނީ ކޮންމެވެސް އެއްޗެއް ކިޔަވައިގެން ހުރިމީހެއް ކަމަށެވެ. އެ ކަމަކު މިހާރު އަހާލަން ބޭނުންވަނީ ފޮތްބޮނޑި ހިފައިގެން ތެޅިގެން ކިޔެވުނީ ކޮންއެއްޗެއް ހެއްޔެވެ؟

    =ފއމ=

    ]]>
    Fri, 18 Nov 2022 18:45:16 +0500 ހީރަސް
    ސީދި އޮޑިއަށް ސައިތާނު އަރާ އިންހެން ކެބިނެޓްގައި އިނީ މަލީހު https://heerasnews.com/707 https://heerasnews.com/707 ގަމާރުން އުޅެއެވެ. އެކަމަކު މިއުޅޭ މަލީހު ވަރުގެ ގަމާރެއް ނުދެކެމެވެ. މިކަލޭގެއެއްގެ ސިނކުޑި ހަމަބާއޭ ހިތަށް އަރައެވެ. ތިމާއަށް އުޅެވުނު ގޮތެއް އުޅެވޭ ގޮތެއް ހަނދާން ހުރޭބާވައެވެ. އަމިއްލަ އުފަން ދަރިންނަކީ ތިމާގެ ދަރިންނެއް ނޫނޭ ބުނާ ހިސާބަށް ދިޔުންވެސް ކައިރިއެވެ. އެހާވެސް މިކަލޭގެ ހަނދާން ބައްޔެވެ.

    މީގެ ހަތަރު އަހަރުކުރިން ދެކޮލުގައި ރަތްފުށް ޖަހައިގެން ދިންހާ އަތްވެއްގައި ވެހުނުހާ ވާރެއެއްގައި ތެޅެބޭލީ ކާކު ވެރިކަމަށް ގެންނަން ހެއްޔެވެ. ދަތްތައް ރޮނޑަށް ދީގެން އެއް ރަށުން އަނެއް ރަށުން ލަފާ އޮޑީ ކާޅު ހެދިގެން ކާކާ ލެއްވީ ކާކު ވެރިކަމަށް ގެންނަން ހެއްޔެވެ.

    ލަދު ހަޔާތުގެ ކަންފުޅެއް ނެތެވެ. މިނުނު ނާޅި އަކުން މިނަން އެހެން މީހުނަށްވެސް އެނގޭނެއެވެ. ބުނަން ހެއްޔެވެ. ސީދި އޮޑިއަށް ސައިތާނު އަރާއިންހެން ރައީސް އިބޫގެ ކެބިނެޓްގައި އިނީ ތިޔަ މަލީހެވެ. ބޮޑު މުސާރަކައިގެން ދިދަޖެހި ކާރުގައި ދެކޮޅަށް ދުއްވިއިރު އިބޫ ވަރެއް ނެތެވެ.

    އުޑެއް ބުޑެއްނޭނގި ވަޒީރުކަން ކުރަން އުޅެ ފެންވަރު ނެތި އިތުބާރު ކެނޑި ގިއްގެޅުނީމާ ތިޔަ ހުރީ ބޮލަށް ބެރިވެއްޓިފައެވެ. ތިޔަހުރި ބަހުރުވައަކުން ވެސް އިލްމެއް އަހުލާގެއް ފެންވަރެއް ނެތީ ކާކުކަން ތިބީންނަށް އެނގޭނެއެވެ.

    ކޮމިއުނިކޭޝަން ސްކިލް ދެމިޔަކަނުން ހުރެ ތިޔަ ފައިބަނީ ޓްވިޓަރ ތެރެއަށެވެ. ތޫނު ފިލިކަމާ ބުއްދި ވެރިކަން ތިޔަ ހުރިވަރުން ގޮސް އޮންނަންވީ ޕީޕީއެމަކު ނޫނެވެ. މޮޔައިންގެ ހޮސްޕިޓަލެއްގައެވެ. ބޮލަށް ބޭސްކުރަން އާސަންދަ ލިބޭނެއެވެ.

    ]]>
    Thu, 17 Nov 2022 21:15:08 +0500 ހީރަސް
    ސްޓެލްކޯއިން ދިއްފުށީ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ގާއިމުކުރުން https://heerasnews.com/706 https://heerasnews.com/706 ރައީސް ސާލިހުގެ ހަމަހަމަ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ކަންކޮޅު ތަކުގައި ގިނަގުނަ ހިދުމަތް ތަކެއް ގާއިމުކޮށް ދެމުން އެބަދެއެވެ. ގާއިމުކޮށްފައި ވާ ހިދުމަތްތައް އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ބަދަލުކޮށް ފުޅާކުރަމުން އެބަދެއެވެ. ފުޅާވަމުން އަންނަ ގެސްޓް ހައުސް ވިޔަފާރި ތަކަށާއި ރައްޔިތުންނަށް ބޭނުންވާ ކަރަންޓް، ރައްކާތެރިކަމާއެކު ބޭނުންވާ މިންވަރަށް ފޯރުކޮށް ދިނުމަކީ މި ސަރުކާރުގެ ހަމަހަމަ ސިޔާސަތުގެ އެއް އަމާޒެވެ.

    އިހުތިސާސުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ރައްޔިތުންނަށާއި ގެސްޓް ހައުސްތަކަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް ސްޓެލްކޯ ވަރަށް ބޮޑު އިސްކަމެއް ދެއެވެ. އެގޮތުން އެ ރަށްރަށުގެ ކަރަންޓްގެ ވިއުގަ ފުޅާކޮށް ފެންވަރު މަތި ކުރުމަކީ މެދުނުކެނޑި ސްޓެލްކޯއިން ކުރަމުންދާ ކަމެކެވެ.

    މާލެ އަތޮޅު ދިއްފުއްޓަކީ ގެސްޓް ހައުސް ވިޔަފާރީގައި ކުރިއަރަމުން އަންނަ ރަށެކެވެ. ގެސްޓް ހައުސްތަކަށް ބޭނުންވާ ވަރަށް ކަރަންޓްގެ ހިދުމަތް ލިބުމަކީ އެ ވިޔަފާރި ދެމެހެއްޓުމަށް ބޭނުންވާ މައިގަނޑު އެއް ވަސީލަތެވެ.

    ސްޓެލްކޯގެ އިހުތިސާސްގައި ހިމެނޭ ދިއްފުށީގައި ވެސް ދެވޭ ކަރަންޓްގެ ހިދުމަށް ފުޅާކޮށް ފެންވަރު މަތި ކުރުމަށް ގިނަގުނަ މަސައްކަތް ތަކެއް ސްޓެލްކޯއިން ކުރަމުން ދެއެވެ. އެގޮތުން ދިއްފުށީގައި މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ގާއިމުކޮށް މިއަދު ބޭނުންކުރަން ވެސް ފަށައިފިއެވެ.

    ދިއްފުށީގައި މީޑިއަމް ވޯލްޓޭޖް ނެޓްވޯކް ގާއިމުކޮށް ހިދުމަތް ދޭން ފެށުމުން ދިއްފުށީގެ ރައްޔިތުންނާއި ގެސްޓް ހައުސް ތަކަށް ކުރިމަތި ވަމުން ދިޔަ ކަރަންޓް ވޯލްޓޭޖް ޑްރޮޕް ވުމުގެ މައްސަލަ ފަދަ އެތައް މައްސަލައެއް ހައްލުވެގެން ދާނެއެވެ.

    ]]>
    Thu, 17 Nov 2022 18:08:56 +0500 ހީރަސް
    ހެޔޮވެރިކަން: އެސްޓީއޯގެ އެންމެ ކާމިޔާބު ހަތަރު އަހަރު https://heerasnews.com/705 https://heerasnews.com/705 ވޭތުވެ ދިޔަ ހަތަރު އަހަރަކީ އެސްޓީއޯގެ ތާރީހުގައި އެންމެ ކާމިޔާބު ހަތަރު އަހަރުކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމުރު ވިދާޅު ވުމުން އެއްވެސް ރައްޔިތަކު ހައިރާނެއް ނުވާނެއެވެ. ކޮވިޑްގެ އާލަމީ ވަބާގައި ދުނުޔޭގެ ގިނަ ކުންފުނިތައް ބަނގުރޫޓްވެ އަރައި ނުގަނެވޭ ވަރުގެ ގެއްލުންތަކާ ކުރިމަތި ލާން ޖެހުނެވެ. އެހެން ނަމަވެސް އެސްޓީއޯ އެހާލަތަށް ނުވެއްޓި އެއް ކުއާޓަރ އިން އަނެއް ކުއާޓަރ އަށް ނަފާވެރި ކުންފުންޏެއްގެ ގޮތުގައި ކުރިއަރަމުން އައީ ހީވާގި ގާބިލު މުއައްޒަފުންތަކެއްގެ ހިތްވަރުންނެވެ. އެސްޓީއޯގެ ހަރަދުތައް ކުޑަކޮށް ނަފާވެރި ކުންފުންޏެއްގެ ގޮތުގައި ދެމިއޮންނަނީ މުއައްޒަފުންގެ ހުރި ކެރުންތެރިކަމާ ދުރުވިސްނުމާއި ކުޅަދާނަކަމުން ކަމަށް އެމްޑީ އެއްބަސްވެ ވަޑައިގަނެއެވެ.

    ޔޫކްރެއިންގެ ހަނގުރާމައިގެ ނުބައި އަސަރު ދުނިޔޭގެ ބަޒާރަށް ކޮށްފައިވާ މި ދަނޑިވަޅު ވެސް އެސްޓީއޯއިން އެއް ކުއާޓަރއިން އަނެއް ކުއާޓަރއަށް ހޯދާ ނަފާ ބޮޑުވެފައި ދޭ ހިދުމަތުގެ ފެންވަރު ދުވަހަކަށް ވަނީ ރަނގަޅެވެ. އެމްޑީ ހުސައިން އަމްރުގެ ހުރިހާ ތައުރީފެއް އޮހެނީ އެސްޓީއޯގެ ހީވާގި މުއައްޒަފުންނަށެވެ. 

    ރައީސް ސާލިހުގެ ހެޔޮވެރި ކަމުގައި އެސްޓީއޯ ހޯދާ ކާމިޔާބީ ތަކުގެ ސިއްރަކީ ހަމަހަމަ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން މިނިވަން ކަމާއެކު ދައުލަތުގެ ކުންފުނިތައް ހިންގުމަށް ޖާގަ ދެވިފައި އޮންނަ އޮތުމެވެ. ރައްޔިތުންނަށް ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު ހިދުމަތް ދިނުމަށް ރައީސް ދެއްވާ އިސްކަމެވެ. 

    ]]>
    Thu, 17 Nov 2022 17:02:32 +0500 ހީރަސް
    ހެޔޮވެރިކަން: ފެނަކަ އިންގިލާބީ ބޮޑުބަދަލަކަށް https://heerasnews.com/704 https://heerasnews.com/704

    ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެނަކައިން ދޭން ފެށި ފެށުމަކީ ރާއްޖޭގެ ހަކަތައިގެ ނިޒާމަށް ގެނެވުނު އިންގިލާބިީ ބޮޑު ބަދަލެކެވެ. ހޯދި ބޮޑު ކުރިއެރުމެކެވެ. ކަރަންޓް މީޓަރު ޓެސްޓު ކުރުން އެންމެ ފަރާތަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް މިއަދު ފެނަކައިން ގެނެސް ފިއެވެ. ކަމަކީ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމެކެވެ.
    ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވި ފަދައިން ފެނަކައިން މީޓަރ ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަކީ މުޅި ރާއްޖޭގެ ހަަކަތައިގެ ސިނާއަތަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ. ރައްޔިތުން މީޓަރ ޓެސްޓު ކުރުމަށް އެތައް ހަފްތާއެއް މަޑުކުރަން ޖެހުނު ޖެހުން މިހާރު ނިމުމަކަށް އެގެނެއީ ފެނަކައިންނެވެ. ބޮޑެތި އިމާރާތްތައް ކުރުމުގައި ގިނަ ބައެއްގެ ޝަކުވާއާއި ކަންބޮޑުވުން ގުޅިފައިވާ މީޓަރ ޓެސްޓު ކުރުން ލަސްވުމުގެ މައްސަލައަށް ހޯދާދެވުނު ލުޔަކަށް މިކަން ވެގެން ހިގައްޖެއެވެ.

    ފޮޓޯ:ޕީއެސްއެމް

    ފެނަކައިން މީޓަރ ޓެސްޓް ކުރުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އަމާޒު ހިފާފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި ރާއްޖޭގެ އާބާދީ ބޮޑު 2 ސަރަހައްދެއްގައި ހިދުމަތް ފެށުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްޑީ ސައީދު ވިދާޅުވެއެވެ. މާލެއަށް ފަހު މީޓަރ ޓެސްޓް ކުރުމުގެ ހިދުމަތް އެންމެ އަވަހަށް ދޭން ފެށުމަށް ތައްޔާރުވަމުން އަންނަނީ އައްޑޫ ސިޓީއާއި ބޮޑުތިލަދުންމަތީ ސަރަހައްދުގައެވެ.

    މީޓަރެއް ޓެސްޓުކުރުމަކީ މީގެކުރިން އެތައް ދުވަހެއް ނެގި ކަމެއްކަމަށާއި މި އަދުވަނީ މީޓަރ ޓެސްޓް ކުރުން ވެސް އަވަސްވެ ސްމާރޓް ހިދުމަތަކަށް ބަދަލު ކޮށްލެވިފައި ކަމަށް ފެނަކައިގެ ޗެއަރމަން މުހައްމަދު ރަޝީދު ވިދާޅުވި ވިދާޅުމަކީ ވަރަށް ބޮޑު ތެދުފުޅެކެވެ.

    ގަޑިއަކު 75 މީޓަރު އެއްފަހަރާ ޓެސްޓު ކުރެވޭނެ އިންތިޒާމު ފެނަކަ ކޯޕަރޭޝަންއިން މިހާރު އެވަނީ ގާއިމުކޮށްފައެވެ. ފެނަކައިގައި ގާއިމު ކުރެވިފައި ވަނީ މީޓަރ ޓެސްޓް ކުރުމުގެ އެންމެ ޒަމާނީ ވަސާލަތެވެ. މީޓަރ ޓެސްޓު ކުރުމަށް އެދޭ ފަރާތްތަކުން ފެނަކަ ވެބްސައިޓު މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަ ކޮށްލުމަށް ފަހު މީޓަރު ފެނަކައިގެ ކައުންޓަރާ ހަވާލު ކުރުމުން މާގިނަ ވަގުތު ތަކެއް ނުނަގާ މީޓަރު ޓެސްޓު ކުރެވޭނެ އިންތިޒާމް ފެނަކައިން ވަނީ ކޮށްފައެވެ.

    ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދާއި ޗެއަރމަން މުހައްމަދު ރަޝީދު ރަސްމީކޮށް މީޓަރ ޓެސްޓު ކުރުން އިފްތިތާހު ކޮށްދެއްވީ އެކަމަށްޓަކައި ފެނަކަ ކޯޕަރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

    ފޮޓޯ:ޕީއެސްއެމް

    ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އަމާޒަކީ ލުއިފަސޭހަ ކަމާއެކު ހެޔޮ އަގުގައި ހަލުވި ކަމާއެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށް ދިނުމެވެ. ރައީސްގެ ލަނޑު ދަނޑިތައް ހާސިލުކޮށް ދެއްވުމަށް ފެނަކަ ކޯޕަރޭޝަންގެ ކުޅަދާނަ އެމްޑީ އަހުމަދު ސައީދު މުހައްމަދުގެ އިސްނެންގެވުމާ އެކު ފެނަކަ ޓީމުން ހޯދާ ކާމިޔާބީ ތަކަށް ގިނަ ރައްޔިތުން ކުރުނީސް ކުރެއެވެ.

    ]]>
    Thu, 17 Nov 2022 15:50:04 +0500 ހީރަސް
    ވައްޑެ ނޭވާލާނީ ނަޝީދު މަގުމަތިކޮށްފަ! https://heerasnews.com/703 https://heerasnews.com/703 ވައްޑެއެއް ކަމަކު މާބޮޑަށް ފޮނު ނާރުވާށެވެ. އަނދިރި ޔަހުޔާއަކީ ކާކުކަން ދާދި އަވަހަށް ވައްޑެމެނަށް ފެންނާނެއެވެ. ވައްޑަމެން ނިކުމެ ކުރަން އުޅޭ ކަމެއް އެބަ ކާމިޔާބު ވޭހެއްޔެވެ. އެހެން މީހުންގެ ވިސްނުމަށް އިހުތިރާމް ނުކޮށް ތިޔަހެން ތެޅުނު ވަރަކަށް ކެނޑޭނީ ހަމެވެ.

    ދުވާލު ދެދަޅައަށް ކެނެރީގޭ ގޯޅިތެރޭ ކުރުކާލި ކެނޑުން ނޫން އެހެން ކަމެއް މިހާރަކު ނުވޭ ނޫން ހެއްޔެވެ. ޓެކްސް ބޮޑުކުރަން މަޖިލީހަށް ހުށަހެޅި ހުށަހެޅުން ފާސް ވިޔަނުދޭން ވައްޑެމެން ގަދަފައި ވިއްދީމު ނޫން ހެއްޔެވެ. ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ތާއީދު ސަރުކާރަށް އޮތަ ނުދޭން މަރުފަލި ޖެހީމު ނޫން ހެއްޔެވެ.  އެމްޑީޕީ ގައުމީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބުނަ ނުދޭން ތެޅެބޭލީމު ނޫން ހެއްޔެވެ. އެމްޑީޕީގެ ޗެއަރޕަރސަނަކަށް އިންތި ހޮވަން ވައްވައް ޖެހީމު ނޫން ހެއްޔެވެ. އެމްޑީޕީގެ ކޮންގްރެސްއިން ބަރުލަމާނީ ފާސްކުރަން ހަން ކެނޑުނީމު ނޫން ހެއްޔެވެ. ވައްޑެމެން ކުރަން އުޅުނުހާ ކަމެއް ދިޔައީ ފަނުފުލުންނެވެ. ވީކަމެއް ހަރާމެވެ.

    ތެދެއް ބުނަން ހެއްޔެވެ. އެމްޑީޕީގެ މެޖޯރިޓީ ވިސްނުން ހުރީ ވައްޑެމެނާ ބޮޑުތަނުން ދެކޮޅަށެވެ. ކަލްޓް މަވެތި ފިކުރެއް ދެނެއް އެމްޑީޕީއަކު ނުހިންގޭނެއެވެ. އާއްމު މެންބަރުންގެ ގިނަ މީހުން ތިބީ އެގޮތަކަށް ނޫނެވެ.

    ވައްޑެމެން ތިޔަ އުޅެނީ ރައީސް ނަޝީދު މަގުމަތިކޮށް ބަކީ ކޮށްލާށެވެ. ވައްޑެމެންގެ އަމިއްލަ އެދުމާ ހަނި ވިސްނުމުގެ ސަބަބުން ރައީސް ނަޝީދަށް މީހުންގެ ނަފްރަތު އިތުރު ކުރުވުންނޫން ކަމެއް އެބަ ކުރެވޭހެއްޔެވެ. އެމްޑީޕީގެ ރައީސްކަމާއި މަޖިލީހުގެ ރައީސް ކަމުގައި ރައީސް ނަޝީދު އިންނާތީ ވައްޑަމެނަށް ހަޖަމް ނުވެގެން ތިޔަ އުޅެނީ ހާދަ ގޮތެއް ނެތީމައެވެ. މަޖިލިސްގެ ރައީސް ކަމާއި ޕާޓީގެ ރައީސްކަން ރައީސް ނަޝީދަށް ގެއްލުވާލަން ތިޔަ ހުންނަނީ ހާދަ ފޯރިއެކެވެ. ވަގުހަން ގައިލައިގެން ރައީސް ނަޝީދުގެ އޮފުކަނޑުވާލަން ތިޔަ އުޅެނީ ވަރަށް ހުތުރު އުޅުމެކެވެ.

    ފައިނު ވައްޑެމެނަށް ނޭވާލެވޭނީ މަޖިލިސްގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރެވުނީމައެވެ. ޕާޓީގެ ރައީސްކަން ރައީސް ނަޝީދަށް ގެއްލުވާ ލެވުނީމައެވެ. ހުތުރު ބައްޔަކުން ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ބަލިކޮށް ލެވުނީމައެވެ.

    ]]>
    Thu, 17 Nov 2022 13:59:50 +0500 ހީރަސް
    ފައިނު އާދަނަށް: އަރާއިން ގޮނޑިން ވެއްޓި ދަތްދޮޅި ފެޅިދާނެ! https://heerasnews.com/702 https://heerasnews.com/702 އެމްޑީޕީގައި ހުރި ހިއްވަރަކާ ނެތް ހިއްވަރެއް ފައިނު އާދަނަކަށް ނޭނގޭނެއެވެ. އެމްޑީޕީން ކަންކުރާނެ ގޮތަކާ ކުރަންވީ ގޮތެއްވެސް އެގެން ޖެހެނީ ޕީޕީއެމަކަށް ނޫނެވެ. އެމްޑީޕީގެ ރައީސް މަޖިލީހުގެ ރައީސްކަމުން ވަކި ކޮށްގެން އެމްޑީޕީ ބައިބައިވާތަން ދެކެން ތިޔަ ތިބީ ކެތްމަދު ވެފައިކަން މާކުރިންވެސް އެނގެއެވެ. ރައީސް މައުމޫނަށް ޔާމީނު ދިން ކަހަލަ ކެއްސެއް ރައީސް ނަޝީދަށް ރައީސް ސާލިހު ދެއްވަފާނެ ކަމަށް ހީކުރުމަކީ ތިޔަ ބައިގަނޑު ސިޔާސީ ކަންކަމަށް ކުފޫ ހަމަ ނުވާކަން އެނގިގެން ދިޔަ ކަމެކެވެ.

    އާދަނާއެވެ. އެމްޑީޕީގެ އެތެރޭގައި ހިނގާ ސިޔާސީ ބަހުސް ހިނގާނީ ސިއްރަކުން ނޫނެވެ. ވަރަށް ފާޅުގައެވެ. އެއްވެސް މީހަކީ އެމްޑީޕީގައި އާއްމު މެންބަރުންނަށް ވުރެ ބާރުގަދަ މީހެއް ނޫނެވެ. ސިޔާސީ ގޮތުން ކަންކަން ނިންމުމުގައި އެމްޑީޕީ އަބަދުމެ އިސް ކުރާނީ ޕާޓީގެ މަސްލަހަތެވެ. ސިޔާސީ ގޮތުން އެމްޑީޕީއަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ ވަކި މީހަކު ވަކި ކަމަކުން ދުރުކުރުން ކަމަށް ވަންޏާ އެ މީހަކު އެކަމަކުން ދުރު ކުރާކަށް އެމްޑީޕީ ޖެހެލުމެއް ނުވާނެއެވެ.

    އެމްޑީޕީގައި އަޅުންގެ އަޅުންނެއް ނޫޅެއެވެ. ކޮންމެ މީހަކަށް ވެސް ވާދަކޮށް ކާމިޔާބު ކޮށްގެން އެ މީހަކު ހުންނަން ބޭނުން ހިސާބަކަށް ދިޔުމަށް މަސައްކަތް ކުރުމުގެ ޖާގަ އެމްޑީޕީގައި އޮވެއެވެ. ރިޔާސީ ޓިކެޓް ހޯދާ ހިތުން ބަނޑުކެނޑިފައި ތިބި އެކަކަށް ވެސް ޔާމީނާ ވާދަކޮށްލަން ޕީޕީއެމުގައި ޖާގަ ނެތަސް އެމްޑީޕީގައި އެ ޖާގަ އޮތީ ތައްމިނަށް ހުޅުވިފައެވެ. ބަލިވާ މީހަކު ބަލި ގަބޫލުކޮށް ކާމިޔާބު ކުރާ މީހަކާ އެކުގައި މަސައްކަތް ކުރުމުގެ ކެރުންތެރިކަން އެމްޑީޕީ މެންބަރުންގެ ހުރެއެވެ.

    އިންތިހާބީ ވާދައިގާ އެއް ބަޔަކު އަނެއް ބަޔަކަށް ބަސް ރައްދު ކުރުމަކީ އެމްޑީޕީގައި އައުކަމެއް ނޫނެވެ. އަމްދުން ރައީސް ސާލިހަކީ މީހުންނާ  ގުޅިގެން އެކު އުޅުއްވަން ދެނެވަޑައިގަންނަވާ އެމްޑީޕީގެ އެއް ބާނީއެވެ. އާދަނުމެން އެދޭހާ ގޮތަކަށް ޖަޒްބާތުގެ ފިޔަވަޅުތައް އަޅުއްވާ އެމްޑީޕީއަށް ކުޑަވެސް ގެއްލުމެއް ލިބޭނެ ކަމެއް ރައީސް ވިޔަކަ ނުދެއްވާނެއެވެ. އިސް ކުރައްވާނީ ހިކުމަތްތެރި ކަމެވެ.

    އެހެން ނޫނަސް ރައީސް ނަޝީދުގެ ނޯކޮންފިޑެންސް ނަގައިގެން މަޖިލިސްގެ ރައީސްކަން ހުސް ވިޔަސް އޮޅިގެން ވެސް ފައިނު އާދަނަށް އެ ގޮނޑިއަކު އިނދެ ވޭނީއެއް ނޫނެވެ. ޕީޕީއެމް އެދޭ ގޮތަކަށް މަޖިލީހުން ކަމެއް ފާސް ކުރެވޭނީ އެއްވެސް ނޫނެވެ. ލިބުނު މޮޅައިގެން މުސާރަކާލަ ކާލާ ތިޔަ އިންތާކު ފަސް އަހަރު ވަންދެން އިނދެވޭތޯ ބަލާ ބަލާށެވެ. ކުކުޅަށް ވުރެ ބިސް ދޮށިވެގެން އުޅެންޏާ ތިޔައިން ގޮނޑި ގަޑުންވެއްޓި ދަތްދޮޅި ފަޅައިގެން ހިނގާދާނެއެވެ. އޭރަކުން ތިޔަހެން ކޯ ތަޅުވާކަށް ނުހުރެވޭނެއެވެ.

    ]]>
    Wed, 16 Nov 2022 23:04:14 +0500 ހީރަސް
    ސިޓީ ކައުންސިލަށް ދޭންޖެހޭ ފައިސާއެއް ނޯންނާނެ: ސްޓެލްކޯ އެމްޑީ https://heerasnews.com/701 https://heerasnews.com/701

    މާލެ ސިޓީ ކައުންސިލަށް ސްޓެލްކޯއިން ދައްކަންޖެހޭ 68 މިލިއަނަށްވުރެ ގިނަ ފައިސާ އޮތް ކަމަށް ބުނެ ސިޓީ ކައުންސިލުން ހަދަނީ ބޮޑު ދޮގެކެވެ. ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދައްކަން ޖެހޭ ކަރަންޓް ބިލްތަކަށް ފައިސާ ނުދައްކައިގެން ފައިސާ ނުދައްކާ ތަންތަނުން ކަރަންޓް ކަނޑާލެވޭނެ ކަމުގެ ނޯޓިސް ފޮނުވުމުން މިސްކިތް ތަކުން ކަރަންޓް ކަނޑަން އުޅޭ ކަމަށް ބުނެ ދޮގު ހަބަރު ސިޓީ ކައުންސިލުން ފަތުރަނީ ސިޔާސީ ބޭނުމެއްގައެވެ.

    މުންދުއާއި ބޯފަން އަބްދުﷲ ކަހަލަ ސިޔާސީ މީހުން މާލޭ ސިޓީ ކައުންސިލަށް ވައްދައިގެން އެ މީހުނަށް ބޮޑު މުސާރައާއި އިނާޔަތް ދޭނެ ފައިސާ ސިޓީ ކައުންސިލްގައި ބޯކޮށް އޮވެއެވެ. ނެތީ މިސްކިތް ތަކުގެ ކަރަންޓް ބިލަށް ދައްކާނެ ފައިސާއެވެ. ސިޔާސީ ގޭސް ގަނޑަކަށް ހަދައިގެން މިސްކިތް ތަކުން ކަރަންޓް ކަނޑާލަން އުޅޭކަމަށް ފިތުނަވެރި ވާހަކަ ދައްކަން ކެރޭކަމެވެ.

    ސްޓެލްކޯއަށް ކަރަންޓް ބިލްތަކަށް ދައްކަން ޖެހޭ ފައިސާ ދައްކާ ހަލާސް ކުރަން ސިޓީ ކައުންސިލުން އެއްބަސްވެ ސޮއިކޮށް މިވީހާތަނަށް އެއްވެސް ފައިސާއެއް ނުދައްކިޔަސް ސިޓީކައުންސިލުން ފައިސާ ހަރަދުކޮށްގެން ހިންގަނީ އިދިކޮޅު ސިޔާސީ ހަރަކާތެވެ. ދީނާ ގައުމައްޓަކާ ހިފި ނުހުރެގެން އުޅޭ އިރު މިސްކިތެއްގެ ކަރަންޓް ބިލް ދައްކާ ނުލައެވެ.

    ކަރަންޓް ބިލަށް ފައިސާ ނުދައްކާތީ އެކަން ސިޓީ ކައުންސިލްގެ ސަމާލުކަމަށް ގެނައުމުން ދެން ދައްކަން ފެށީ ސްޓެލްކޯއިން ދައްކަންޖެހޭ ފައިސާ ތަކެއް އޮތް ވާހަކައެވެ. ސްޓެލްކޯއިން މާލެސިޓީ ކައުންސިލަށް ދައްކަން ޖެހޭ ފައިސާއެއް އޮތްނަމަ ނުދައްކާ ނުބާއްވާނެ ކަމުގެ ޔަގީންކަން މާލެ ސިޓީ ކައުންސިލަށް ސްޓެލްކޯއިން އޮތީ ދީފައެވެ. ސްޓެލްކޯއިން ދައްކަންޖެހޭ ކަމަށް ބުނާ 68 މިލިޔަނަށް ވުރެ ގިނަ ފައިސާ ނުދައްކާ އޮތީ ސްޓެލްކޯއިން ދައްކަން ޖެހޭ އެއްޗަކަށް ނުވާތީއެވެ.

    އަޖައިބެކެވެ. ސްޓެލްކޯއަކީ މާލެ ސިޓީ ކައުންސިލަށް ވުރެ މާދޮށީ ކުންފުންޏެކެވެ. މާލޭގެ ބިމުން ސްޓެލްކޯއަށް ދައުލަތުން ދޫކޮށްފައި ހުރި ބިން ތަކަކީ މާލޭގެ ކަރަންޓް ހިދުމަތް ގާއިމު ކުރުމަށް ދައުލަތް ޖާމިނު ވެގެން ސްޓެލްކޯއަށް ދޫކޮށްފައި ހުރި ބިންބިމެވެ.

    ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި މާލެ ސިޓީ ކައުންސިލަށް ސްޓެލްކޯ އިން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުއޮންނާނެއެވެ. ސިޓީ ކައުންސިލަށް އެ އުޅެނީ އޮޅިގެންނެވެ.

    ]]>
    Wed, 16 Nov 2022 20:23:35 +0500 ހީރަސް
    އާދަމް އާޒިމްގެ މަސައްކަތް އިދިކޮޅަށް ހަޖަމެއްނުވި! https://heerasnews.com/700 https://heerasnews.com/700 އެމްޓީސީސީން ރާއްޖޭގެ ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫއުތައް ކާމިޔާބު ކަމާއެކު ހިންގާ ނިންމާތީ ބަޔަކު ދަތްބާރު ވަނީ މާ ވަރަކަށެވެ. ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހަތަރު އަހަރު ތެރޭގައި އެމްޓީސީސީ މެދުވެރިކޮށް ހިންގާ ނިންމަމުންދާ ތަރައްގީގެ މަޝްރޫއު ތަކަށް ހަސަދަވެރި ވާބަޔަކު ހަސަދަވެރި ވިޔަސް ގިނަ ރައްޔިތުން ތިބީ އުފަލުންނެވެ.

    އެމްޓީސީސީ ބަނގުރޫޓުވުމާ ދިމާލަށް ދަތުރުކުރާ ކަމަަށް ބުނެ ރައްޔިތުންގެ މެދުގައި ޝައްކު އުފައްދާ އިތުބާރު ނަގާލުމަށް ކުރާ ބަޔަކު އެ ކުރަނީ ބޭކާރު މަސައްކަތެކެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުގެ މޭސްތިރި ކަމުގެ ދަށުގައި އެމްޓީސީސީ ހޯދަމުންދާ ކާމިޔާބީ ތަކަށް ހަސަދަ ވެރިވާ ބަޔަކު ހަސަދަ ވެރިވާ ސަބަބުތަކެއް އެބަހުއްޓެވެ. އެމްޓީސީސީގެ ފައިދާ ކުޑަވަމުންދާ ވާހަކައާއި ބަގުރޫޓްވުމާ ދިމާލަށް ދަތުރު ކުރާ ކަމަށް ބުނެ ފިތުނަ އުފައްދަނީ އެ ސަބަބުތަކާ ހުރެއެވެ.

    ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށް ރަށެއްގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި މި ސަރުކާރުން ކުރެވިދާނެ ކަމެއް ކަމަށް އެއްވެސް ބަޔަކު ކުރިއަކުން ގަބޫލެއް ނުކުރެއެވެ. ދެކޮޅު ނުޖެހޭ ގެއްލުން ބޮޑުކަމެއް ކަމަށްދެކި މީގެ ކުރީގެ ސަރުކާރު ތަކުން ހުރިހާ ރަށެއްގައި ބަނދަރު ހެދުމަށް އޮތީ ފަސްޖެހި ނުކޮށެވެ.

    ލަފާ ފުރަން ފަސޭހަ ވާނޭ ގޮތަށް ބަނދަރުތައް ފުންކޮށް ބޭރުތޮށި ހިލައިންޖަހާ އަތްދޮށުތޮށި މަތީ ފެންވަރުގައި ހުރިހާ ރަށެއްގައި ހެދުމަކީ ކުޅަދާނަ ކަމެއް ކަމަކަށް ކުރިއަކުން ނުދެކެއެވެ. ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިން ހީވެފައި އޮތީ ކުށްހީއެއް ކަން ސާބިތުކޮށްދީ ރަށް ރަށަށް ޖަޒީރާ ވަންތަ ހަގީގީސިފަ ގެނެސް ދިނުމުގައި އެމްޓީސީސީގެ ދައުރު ވަރަށް ބޮޑެވެ.

    ރަށް ގިރުމުގެ ނުރައްކާތެރިކަމާ ކުރިމަތިވެފައި އޮތް ރަށް ރަށުގެ ގޮނޑުދޮށްތައް ވެލިން މުއްސަދިކޮށްދީ ކޮންމެ ރަށަކީ ރައްކާތެރި ކަން ލިބިގެންވާ ރަށަކަށް އެ ހަދާދެނީއެވެ. އަޑިގުޑަންވެ ޗަކަހެދި ހިނގާ ބިނގާވެ އުޅެން ދަތި އެތައް ރަށެއްގެ މަގުތަކުގައި ތާރުއަޅާ ރައްޔިތުންނަށް އަމާން ވެއްޓެއް އެދަނީ ހޯދާ ދެމުންނެވެ. މިހިރަ މިހިރަ ކަންކަމަކީ ސިޔާސީ ވާދަވެރިންނަށް ހަޖަމު ވާނެ ކަންކަމެއް ނޫނެވެ.

    ދަތުރު ފަތުރުން މުޅިރާއްޖެ ވައިގެ މަގުންނާއި ކަނޑުގެ މަގުން ގުޅާލުމަށް ރައީސް ސާލިހު ހިންގަވަން ފައްޓަވާފައިވާ މެގަ ހަރަކާތުގެ އެންމެ އަމަލީ މަސައްކަތުގެ ބައިވެރިއަކީ އެމްޓީސީސީއެވެ. އެކުއެކުގައި އެތައް އެއަރޕޯޓެއްގެ މަސައްކަތް އެބަ ހިނގައެވެ. ބޮޑެތި ސިޓީ ތަކުގައި އާރޓީއެލް ބަހުގެ ހިދުމަތް ހެޔޮއަގުގައި އަރާމުކޮށް އެބަ ދެއެވެ. މުޅި ރާއްޖެ ކަނޑުމަގުން ގުޅާލުމަށް އާރޓީއެލް ފެރީގެ ހިދުމަތް ދޭންވަނީ ފަށާފައެވެ. އަގު ހެޔޮކޮށް އަރާމުގައި ހަލުވި ދުވެލީގައި ރައްޔިތުންނަށް ދަތުރު ފަތުރުކުރެވޭނެ ގޮތް ވެގެން ދާތަން ބަލަންތިބި ވާދަވެރިން އެތިބީ ތަލިން ކުޅު ހިކިފައެވެ.

    ރައްޔިތުންގެ ކުންފުނި މެދުވެރިކަން ރައްޔިތުންނަށް އުފާވެރިކަން ހޯދާ ދިނުމަށް ކުރެވޭ މަސައްކަތްތައް ހުއްޓުވޭނެ ހުރިހާ ގޮތެއް ވާދަވެރިން ދަނީ ހޯދަމުންނެވެ. ރައްޔިތުންނަށް މާ ހެޔޮ އެދޭކަމަށް ހެދިގެން ދައްކާނެ އެހެން ވާހަކައެއްް ނެތިގެން މި ދައްކަނީ އެމްޓީސިސީ ބަނގުރޫޓުވާނެ ވާހަކައެވެ. ވާނުވާ ރަނގަޅަށް އެނގިތިބެ ގަސްދުގައި ފިތުނަ އުފައްދަނީ ހިތުން ރައްޔިތުން ރުޅިއަރުވާށެވެ.

    އާނއެކެވެ. އެމްޓީސީސީއަކީ ވެސް ފައިދާ ހޯދަން މަސައްކަތްކުރާ ރައްޔިތުންގެ ކުންފުންޏެކެވެ. އެމްޓީސީސީކުރާ ކޮންމެ ކަމެއް ކުރާނީ ގެއްލުމަކަށް ނުވާގޮތަށެވެ. މަސައްކަތުގެ އަގުނުދޭ ގޮތަކަށް ސަރުކާރުން އެއްވެސް ކަމެއް އެމްޓީސީސީ ލައްވައެއް ނުކުރުވައެވެ. ހަވާލު ކުރެވޭ މަސައްކަތް ނިމެމުން ދާވަރަކަށް މަސައްކަތުގެ އަގު ދެމުންނުދާ އެއްވެސް މަސައްކަތެއް އެމްޓީސީސީއަކުން ނުކުރެއެވެ. ނުވެސް ކުރާނެއެވެ. މަސައްކަތްތައް ހިނގަމުން ދާއިރު އެ ކަމަކަށް ކުރަންޖެހޭ ހޭދައެއް އެއްބަސްވެފައި އޮންނަ ގޮތަކަށް މަސައްކަތް ނަގާފަރާތުން ކުރުމަކީ ކޮންޓްރެކްޓްގެ އުސްލޫބެވެ. އެހަލަތުގައި އެކުންފުންޏެއްގެ މާލީ ހިސާބުތަކުން އަޑިގުޑަން ފެންނާނެއެވެ. މަސައްކަތް ނިމި ހަމަ އަގު ލިބުމުން އެއްކަލަ އަޑިގުޑުން ފިލާ ހަމަހަމަވެ އުފުލިފައިވާ ކުންނުގެ ފެންނާނެއެވެ.

    ރައްޔިތުންގެ ކުންފުނިތަކަކީ ރައްޔިތުންނަށް އަގުހެޔޮ ފަސޭހަ ހިދުމަތްތައް ދިނުމާއެކު ފައިދާ ހޯދަން މަސައްކަތްކުރަން އުފެދިފައި ހުންނަ ތަންތަނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ދެވޭ އަސާސީ ހިދުމަތްތަކުން ފައިދާ ހޯދުމަކީ ރައްޔިތުން ކުންފުނިތަކުގެ އަމާޒެއް ނޫނެވެ. އަސާސީ ހިދުމަތަކީ ހިދުމަތް މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުންޏަށް އުފުލަންޖެހޭ ބުރަޔަކަށް ނުވެ ދެވެން ޖެހޭ ހިދުމަތެކެވެ. ދެވޭ އަސާސީ ހިދުމަތަކުން ފައިދާ ހޯދާނީ އަސާސީ ހިދުމަތަކަށް ވުރެ އިތުރަށް އެހިދުމަތެއްގެ ބޭނުން ކުރާ ފަރާތް ތަކުންނެވެ. އަސާސީ ހިދުމަތް ދިނުމަށް ކުރަންޖެހޭ ހޭދަ ދެވޭ ހިދުމަތުން ލިބޭ އެއްޗަކަށް ވުރެ ބޮޑުވާނަމަ އެބައި ފޫބައްދަނީ ސަރުކާރުންދޭ ސަބްސިޑީން ނުވަތަ އެހެން ހަރަކާތެއް ހިިންގައިގެން ފައިސާ ހޯދައިގެނެވެ. މިއުސޫލުން ބަލާއިރު ރާއްޖޭގެ ކަންކޮޅުތަކުގައި އެމްޓީސީސީން ކުރާ އެއްވެސް މަސައްކަތަކީ އެމްޓީސީއަށް ވާގެއްލުމެއް ނޫނެވެ. އެކަންކަމުން އެމްޓީސީސީއަށާއި ރައްޔިތުންނަށް އޮތީ ފައިދާއެވެ. ފާގަތިކަމާ އުފާވެރިކަމެވެ.

    ]]>
    Wed, 16 Nov 2022 17:29:59 +0500 ހީރަސް
    އިހުމާލު ހުއްޓުވޭނީ ޖަވާބުދާރީ ކުރުވައިގެން & ސްޓެލްކޯ https://heerasnews.com/699 https://heerasnews.com/699

    ހުޅުމާލެ 2 ގެ ހިޔާ ފްލެޓް ތަކުން ކަރަންޓާއި ފެނުގެ ހިދުމަތް ކެނޑުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ހަތަރު ގަޑިއިރަށް ހިޔާ ފްލެޓްތަކުން އިއްޔެ ކަރަންޓް ކެނޑުނީ ބައެއްގެ އިހުމާލުންނެވެ. ފަރުވާ ކުޑަކަމުންނެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވާހެން އެ އިހުމާލުވީ ބަޔަކު ޖަވާބު ދާރީ ކުރުވަން ޖެހެއެވެ. ވީ އިހުމަލުގެ ޒިންމާ އުފުލުވަން ޖެހެއެވެ. ގެއްލުމުގެ ބަދަލު ހޯދުވަން ޖެހެއެވެ.

    ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ 25 ބުރީގެ 16 ޓަވަރުން އިއްޔެ ކަރަންޓު ކެނޑުނީ ހުޅުމާލެ 2 ގައި އިމާރާތެއް ކުރަމުން ގެންދިޔަ ބަޔަކު ކޮންނަނިކޮށް، އެ ޓަވަރުތަކަށް ކަރަންޓު ދޭ ކޭބަލެއް ހަލާކުވެގެންނެވެ. ކޭބަލްގެ މައްސަލަ ރަނގަޅުކޮށް، އަލުން ކަރަންޓު ދޭން ގިނަ ވަގުތު ނަގާނެތީ ސްޓެލްކޯއަށް ޖެހުނީ ވަގުތީ ކޭބަލެއް ބޭނުންކޮށްގެން ހިޔާ ފްލެޓްތަކަށް ކަރަންޓް ދޭށެވެ. ވަގުތީ ކޭބަލެއް އަޅައިގެން ވެސް ހިޔާފްލެޓް ތަކަށް ކަރަންޓް ދެވުނީ އެތަންތާ ކަރަންޓް ނެތްތާ ހަތަރު ގަޑި އިރު ފަހުންނެވެ. ވަގުތީ ކޭބަލެއް އަޅައިގެން ޓަވަރުތަކަށް ކަރަންޓު ދެވުނު ނަމަވެސް ހަލާކުވި ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ސްޓެލްކޯއިން މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.

    ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭ ކޭބަލް ދެ ތަނަކުން ހަލާކުވީ ހުޅުމާލެ 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރާ 4،000 ފްލެޓް އިމާރާތްކުރާ ކޮންޓްރެކްޓަރުން ހުޅުމާލޭގައި ކޮނުން ތަކެއް ކޮންނަނިކޮށެވެ. ކޮނުމަށްޓަކާ އެޗްޑީސީން ނަގަން ޖެހޭ ހުއްދަ ހޯދައިގެން ކުރާކަމެއް ކަމަކަށްވެސް އެކަމެއް ނުވެއެވެ. ސަރުކާރުން ހިންގާ ޕްރޮޖެކްޓެއްގެ މަސައްކަތް އެވޯޑު ކުރުމަކީ އެކަމެއް ކުރުމަށް ކުރަންޖެހޭ ކަންކަމަށް ނަގަންޖެހޭ ވަކިވަކި ހުއްދަތައް ނުނަގާ ކަންކަން ކުރުމަށްދޭ ލައިސަންސެއް ނޫނެވެ. 

    އެމްޑީ ޝަރީފް ވިދާޅުވާހެން ކަމަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. އިމާރާތްކުރާ މީހުން ޖަވާބުދާރީ ނުކުރެވިއްޖެ ނަމަ ބޮޑެތި ގެއްލުންތައް ވެދާނެއެވެ. ކޮންމެ އިހުމާލެއްގެ ގެއްލުން ފޫނުބެއްދޭ ވަރު ވެދާނެއެވެ. ހޯދަން ޖެހޭ ހުއްދަތައް ހޯދަން ޖެހެނީ އެކަމެއް ކުރުމުގައި ލިބިދާނެ ގެއްލުން ތަކުން ސަލާމަތް ވުމަށެވެ. ހުއްދަ ނުހޯދާ ބިން ކޮނުން ފަދަ ކަންކަން ކުރުމުން ލިބިދާނެ ގެއްލުން އަންދާޒާ ކޮށްލުން ވެސް ދަތިވާނެއެވެ.

    ހިޔާފްލެޓް ތަކުން ކަރަންޓް ކެނޑެން ދިމާވި ހާދިސާއަށް ބަލާލުމުން އިހުމާލުގެ ގެއްލުން ބޮޑުވަރު ވަޒަން ކުރެވެއެވެ. ހަލާކުވި ކޭބަލުގެ އަގެވެ. އެ މަރާމާތަށް ހިނގާނެ ހަރަދެވެ. ގެއްލިގެން ދާ މަސައްކަތުގެ ވަގުތެވެ. އަދި ކޮބައި ހެއްޔެވެ. ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އުފުލަން ޖެހުނު ތަކުލީފެވެ.

    ވިއްސަކަށް ހާސް މީހުން ދިރިއުޅޭ 25 ބުރީގެ އުސްޓަވަރު ތަކުން ހަތަރު ގަޑިއެއް ހާއިރު ކަރަންޓް ކެނޑިފައި ހުރުމުން ވާނެ ގޮތް ހިތައް އަރުވާލާށެވެ. އެ އުސް ޓަވަރުތަކުގެ ޕާޓްމަންޓް ތަކަށް މީހުން އަރަން ޖެހުނީ ސިޑިންނެވެ. ކަރަންޓް ކެނޑުމާ ގުޅިގެން ފެން ވެސް ކެނޑި މާބަނޑު މީހުންނާއ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ތިބީ ފާހަނާ ކޮށްލެވޭނެ ގޮތް ނެތިފައެވެ. ސްކޫލަށް ކުދިން ނުފޮނުވިފައެވެ.

    ހީނުކުރާ ވަރުގެ ބޮޑެތި ތަކުލީފުތައް އެތައް ހާސް ބަޔަކަށް ޖެހުނީ ބައެއްގެ އިހުމާލުންނެވެ. އިހުމާލުވީ މީހުން ޖަވާބު ދާރީ ކުރުވަން ޖެހެއެވެ. ގެއްލުމުގެ ބަދަލު ހޯދާދޭން ޖެހެއެވެ. އިހުމާލުން ލިބޭ ގެއްލުމަށް ބަދަލު ހޯދާ ދިނުމުގެ ސަގާފަތެއް އަށަގެންނެވުމުގެ މުހިންމުކަން ވަރަށް ބޮޑެވެ.  އިހުމާލަށް ބޮޑު ވަރިހަމަ ވެފާ މިހާރަކު ތިބެވޭކަށް ނެތެވެ. އިހުމާލު ހުއްޓުވޭނީ ޖަވާބުދާރީ ކުރުވައިގެންނެވެ. ގެއްލުމުގެ ބަދަލު ހޯދައިގެންނެވެ.

    ]]>
    Wed, 16 Nov 2022 15:00:28 +0500 ހީރަސް
    ނައިފަރު ޝިޔާމް ޓްރާންސްފަރ މާކެޓަށް! https://heerasnews.com/698 https://heerasnews.com/698 ބުރާންޗެކޭ ނުބުނެވޭ ވަރެއް ނޫނެވެ. ކަން ހިނގާ މަގު ދުށްތަނުން ޝިޔާމުމެނަށް ނޭނގޭތީއެވެ. ރާއްޖޭގެ ފަޅުތަކާ އަތޮޅުތަކާ ރަށްތައް ވިއްކާލައިގެން ބަހާނެ ގޮތް ނޭގިގެން އުޅުނީ ޔާމީނު ނޫން ކާކު ހެއްޔެވެ. ބަހައިގެން ލިބުނު ބައި ކުޑަވެ އެފައިސާ މިފައިސާއޭ ގޮވަމުން މޮޔަ ގެރިއެއްހެން އުޅުނީ އެހެން ދެން ކާކު ހެއްޔެވެ. ކޯޓަކަށް ހާޒިރު ކުރިޔަސް އޭނާ އަތުހުރި މަގޭފައިސާ، އެތާ ހުރި މަގޭ ފައިސާއޭ ކިޔާ ރޮއެ ހޭރެނީ ޔާމީނު ނޫން ކާކު ހެއްޔެވެ. ރާއްޖެ ވިއްކާލަން އުޅުނު މީހުނާ ފައިސާ ބަހާނެ ގޮތް ނޭނގި ފުންމައިގެން އަރާ ވައި ނޮޅީގައި ދަތް އަޅައިގެން އުޅުނީ ވެސް އަދި އުޅެނީ ވެސް ކާކުކަން ނައިފަރު ޝިޔާމަށް ހަމަ ނޭނގެނީ ހެއްޔެވެ.

    މަޖިލީހަށް ވަދެތިބެ ހިތުހުރި ވާހަކައެއް ދައްކަން ލަދު ނުގަންނަ ކަމެވެ. ޑޮލަރުން އަދަދު ކިޔަން އެނގެނީ ޝިޔާމަށް އެކަނި ހެއްޔެވެ. މިހާރު ޝިޔާމު ދެ މިލިޔަނެއްހާ ޑޮލަރަށް ބޭނުން ވެގެން އުޅުމާ ހާދަ ވައްތަރެވެ. ޔާމީނުގެ ތަރި އޮއްސުމުގެ ކުރިން ނައިފަރު ޝިޔާމު ޓްރާންސްފަރ މާކެޓަށް ނިކުތީތާއެވެ. އެކަމަކު 200 މިލިޔަން ކީއްކުރަން ހެއްޔެވެ. ފަންސާހަކަށް ޑޮލަރު ދީގެން ގަންނަވަރުގެ އަގެއް ހުރި މަސް ގަޑެއް ކަމަކަށް ތިޔަ ޝިޔާމު ވާހެނެއް ހިޔެއް ނުވެއެވެ. 

    ޗާގޯސް މައްސަލާއިގައި ހަދަހަދައިގެން ދެއްކިހާ ވާހަކަ ވަތަކުތޯ ނުޖެހި ދިޔައިމާ އަނެއްކާ ހިތުން މޮޅު ވާހަކައެއް ދައްކަލީތާއެވެ. މަތި މައްޗަށް ތިޔަ ހަދާ ދޮގުތައް އެނބުރިގޮސް ތިޔަ ވަންނަނީ އަނގައަށެވެ. މޮޅު ޕޮލިޓީޝަނުން އުޅެނީ ތިފާޑަކަށް ނޫނެވެ. ހިންނަވަރު މީހަކު ރާއްޖޭގައި ވެރިކަން ކުރާތީ ހަސަދަވެރި ތިޔަވަނީ މާ ވަރަކަށެވެ. ހަސަދައިގެ އަލިފާނުގައި އަދާ ހުލިވާނީ އާހިރުގައި ތިމާއެވެ.

    ތިޔަ ވަރަށް ކަރުން ނާރުނަގާ ދަތްދޮޅީ ކަށިގަނޑު ނެއްޓެން ދެން ޝީޔާމުގެ ކޯތެޅު ވުމަކުން ރައީސް ސާލިހަށް ކަހަރުވަކެކޭ ހީނުވާނެއެވެ. ތެޅިތެޅި ހުޅުނބު ތިޔަ ފައިބަނީ ޝިޔާމުމެނެވެ. އާނއެކެވެ. އިރާދަ ކުރެއްވިޔަތީ މި ވަގުތު ތިޔަ ހުރެވެނީ މަޖިލީހު ތެރެއަށް ޝިޔާމަށް ވަދެވިފައެވެ. ތިޔަ ތަނަކީ ޝިޔާމުމެނަށް އައުތަނަކަށް ވެދާނެއެވެ. އެންމެ ދައުރު ގަޑެއްގައި މަޖިލީހުގައި އިނދެލަން ޝިޔާމަށް ލިބުނީތީ ތިޔަހަރަ އުޅޭ ފާޑެކެވެ.

    ބަލަ ޝިޔާމޫއެވެ. ތިޔަތާކު މެދު ނުކެނޑި ފަންސަވީސް އަހަރު ހިންނަވަރު ސޯލިހުގެ އިބްރާހީމް އިނެވެ. ތިޔަ ފާޑަކަށް ތެޅިއެއް ނުބާލައެވެ. މީހަކަށް ކުޑައިމީސް ބަހެއްވެސް ބުނެނުލައެވެ. މުޅި ފާދިއްޕޮޅާއި ހިންނަރު ދާއިރާ، ހިންނަވަރު ސޯލިހުގެ އިބްރާހީމް ތަމްސީލުކުރީ މީހުންގެ ލޯތްބާ އިހުތިރާމް ލިބިގެންނެވެ. މިއަދު ރާއްޖޭގެ އެންމެ މަތީ ވެރިއަކަށްވެ އެ ހުރީ ވެސް ރައްޔިތުންގެ ލޯތްބާއި އިތުބާރު ހޯދައިގެންނެވެ. ރާއްޖޭގެ ޑިމޮކްރެޓީކް ހަޔާތުގައި ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން ރައްޔިތުންގެ %68 މީހުންގެ ވޯޓުން ވެރިކަން ހޯއްދެވި ފުރަތަމަ ރައީސަކީ ޝިޔާމް ތިޔަ ހަސަދަ ވެރިވާ ހިންނަވަރު އިބްރާހީމް މުހައްމަދު ސާލިހެވެ.

    އެކަނި އިނދެ އަމިއްލަ ނަފްސާ މެދު ވިސްނާލަ ބަލާށެވެ. ކަންކަން މިންވަރުވެ މަތިވެން އަންނަނީ މަކަރުވެރި ތަދުބީރަކުން ނޫނެވެ. ހީލަތްތެރި ރޭވުމަކުން ވެސް ނޫނެވެ. ތަގުދީރުގެ ނިޔާ ބަދަލުކުރަން ކުރާ ތަދުބީރަކުން ވީ މޮޅެއްނެތެވެ. މީހުންގެ ލޮލުން ތިމާގެ ދުނިޔެ ބަލައިގެން ފެންނާނީ ބަޔަކު ދައްކާތަނެއް ދެއްކި ވަރަކަށެވެ. ހަގީގަތުގައި ތެދުވެރިކަމެއް އިހުލާސްތެރިކަމެއް ކުޑަވެސް ހުރިނަމަ މިއަދު ރައީސްގެ އެންމެ ކައިރީގައި  ހުންނަން ޖެހޭ އެކަކީ ޝިޔާމު ނޫން ހެއްޔެވެ. ވަޒަނާ އަތޮޅަށް ކުލުނެއް އޮތްނަމައެވެ.

    ]]>
    Tue, 15 Nov 2022 20:30:58 +0500 ހީރަސް
    ކިތަންމެ ބޮޑު ތެދަކަސް ގައްދާރުން ގަބޫލެއް ނުކުރާނެ https://heerasnews.com/697 https://heerasnews.com/697

    ޗާގޯސް މައްސަލާގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލޭނެ ވަރުގެ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާ ކަމުގެ ޔަގީން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމް ދެއްވުމުން ވެސް ފިތުނަވެރިން އެކަން ވެސް ކުރާނީ ދޮގެވެ. ރާއްޖެއާއި މޮރިޝަސްއާ ދެމެދު ހިނގަމުން އަންނަ ސަރަހައްދީ މައްސަލައިގެ ތަފްސީލްތައް ސަރުކާރުން މަޖިލީހާ ހިއްސާކޮށްފައިވާ ކަމަށް މެންބަރ އަސްލަމް ވެސް އެ ވިދާޅުވީއެވެ. މީގެކުރިން ބަންޑާރަނައިބު ވެސް ރާއްޖޭގެ މީޑިއާތަކަށް ވަނީ އެކަން ކަށަވަރު ކޮށް ދެއްވާފައެވެ. އެކަމަކު އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ބާރު ހިނގާ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބަޔާން ނެރުނީ މުޅި މައްސަލައިގެ މަފްހޫމު އޮޅޭ ގޮތަށެވެ.

    މަޖިލީހުގެ އިދާރައިން ނެރުނު ބަޔާނުން ވެސް އެ މައުލޫމާތު މަޖިލީހުގެ އިދާރައަށް ލިބިފައިވާކަން ކަށަވަރު ވިއެވެ. އެހެނަސް ރައީސް ނަޝީދު ދައްކަން ބޭނުންވި މަންޒަރަކީ ގާނޫނު އަސާސީއާއި ހިލާފު އެއްބަސްވުމެއް ދިވެހި ސަރުކާރުން މޮރިޝަސްއާއި އެކުގައި ހަދައިގެން އުޅޭ ކަމުގެ ސިފައެވެ.

    ރައްޔިތުން މަޖިލީހުގެ ލަފާ އަހަން ޖެހޭ ކަމެއްގައި ލަފާ ނާހާ އެކަމެއް ކޮށްގެން އުޅޭކަމުގެ އިހުސާސް ރައްޔިތުންނަށް ކުރުވުމެވެ. ބޭނުމަކީ ނަފްރަތު އުފައްދާ ރައީސުލްޖުމްހޫރިއްޔާ ބަދުނާމު ކުރުމެވެ. ނަޝީދަށް ތިމާ ނޫން މީހަކީ މީހެއް ނޫނެވެ. 

    ރައްޔިތުންގެ މަޖިލީހުގެ ނިންމުމެއް ނިންމަން ޖެހޭކަމެއް މަޖީލީހަށް ސިއްރުކުރަން ޖެހޭ ސަބަބެއް ސަރުކާރަކަށް ނެތެވެ. މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލު ސަރުކާރަށް އޮތް ކަމަށް ވެސް ބުނަނީ ރައީސް ނަޝީދާއި އަދި އިދިކޮޅު ޕީޕީއެމުންނެވެ. އެހެން ކަމަށްވަންޏާ ސަރުކާރުން ކޮންމެހެން ކުރަން ބޭނުން ވެގެން ކުރާ ކަމެއްގައި އިދިކޮޅު ހަދާ ބަޔަކު އިދިކޮޅު ހަދަހަދާ ތިއްބާ ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުން ފާސް ކޮށްގެން އެކަމެއް ކުރެވޭނެ ނޫން ހެއްޔެވެ. ބޮޑު ވަރަކަށް ނަޝީދަށް ކުރެވޭނެ ކަމަކީ އެޖެންޑާ ނުކޮށް ހިފެހެއްޓުމެވެ. ސަރުކާރުން ބޭނުންވާ ކަމެއް އެޖެންޑާ ނުކޮށް ނަޝީދަށް އިނދެވޭނީ ރިޔާސަތުގައި ބައިންދާފައި އިނީމާ ނުންހެއްޔެވެ. 

    ނަޝީދާއި އަދި އިދިކޮޅުން ބުނާހެން މަޖިލީހުގެ ބާރު ސަރުކާރުގައި އޮވެ އެހެން އެކަން ސަރުކާރުން ނުކޮށް އޮތުމުން ވެސް ޗާގޯސް މައްސަލައިގައި ސަރުކާރުން ކަމެއް ފޮރުވައިގެން ކަމެއް ގޯސްކޮށް ކޮށްފައި ނެތްކަން ސާބިތުވެއެވެ. މޮޔަ ކުޑަ ކުދިން ވެސް ނަޝީދުމެން ވެރިކަމުގެ ދަހިވެތި ކަމުގައި ތިޔަ ދައްކާ ކަހަލަ ދެއުޅި އެއްނުވާ ހޮޅި ވާހަކައެއް ނުދައްކާނެއެވެ. 

    ބޭސްލައިން އިން ފެށިގެން 200 ނޯޓިކަލް މޭލަށް ރާއްޖޭގެ ސިޔާދަތީ ބާރު ލިބިގެންވާކަން ރާއްޖޭގެ ގާނޫނު ތަކުގައި ކަނޑައަޅާފައި ވާއިރު، ޗާގޯސްއާއި ރާއްޖެ ގުޅޭ ސަރަހައްދު ފުށު އަރާ ނަމަވެސް ކަންކުރަން ގޮތެއް ގާނޫނުގައި ބުނެފައި އޮވެއެވެ. ސަރަހައްދީ އިން ފުށުއަރާ ގައުމަކާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރަން ގާނޫނުގައި ބަޔާން ކޮށްފައި އޮވެއެވެ. އަސްލަމް ވިދާޅުވީ ރާއްޖޭގެ އުތުރުގައި (އިންޑިއާ- ރާއްޖެ- ލަންކާ) ވެސް ކަންކުރީ އެ ގޮތަށް ކަމަށެވެ. ޗާގޯސް މައްސަލާގައިވެސް ސަރުކާރުން ކަންކުރަނީ ގާނޫނު އަސާސީގައި އޮތްގޮތަށެވެ. އެ ކަމުގައި އޮޅުމެއް އޮޅުވާލުމެއް ނެތެވެ. އެނގި ތިބެ ފަސާދަ އުފައްދަން ކަނޑައެޅިގެން ދޮގު ހަދާ އޮޅުވާލަނީ އަމިއްލަ އެދުމުން ފޯވެފައިވާ ނަޝީދާއި ޔާމީނާއި އެދެ މީހުންގެ ޕަޕެޓުންނެވެ.

    ޗާގޯސް - ރާއްޖެ މައްސަލާގެ ތަފްސީލްތައް ހިއްސާ ކުރައްވާ އެޓާނީ ޖެނެރަލް އޮފީހުން މަޖިލީހަށް ހުށަހަޅާފައިވާ ލިޔެކިޔުން ތަކުގެ ތަފްސީލްތައް މެޖޯރިޓީ ލީޑަރ މުހައްމަދު އަސްލަމު ހިއްސާ ކުރެއްވި ކުރެއްވުމަކީ ވެސް ނަޝީދުގެ ކަލްޓާ ޕީޕީއެމަށް ވާނީ ދޮގަކަށެވެ. ހުރިހާ ކަމަކަށް ވުރެ ނަޝީދު ވެސް ބޭނުންވަނީ ޔާމީނެކޭ އެއްފަދައިން ހެދުނު އެއްޗެއް ހަދައިގެން ވެރިކަން ހޯދުމެވެ. 

    ވެރިކަމުގެ މަސްތުގައި ޖެހިފައި ތިބި ޔާމީނާ ނަޝީދަށްޓަކާ ގުރުބާން ކުރަން ގައުމިއްޔަތާއި އިސްތިގުލާލާއި ސިޔާދަތާ ދެން އޮތް އެއްޗަކާ ވެސް އެބައި ގަނޑަށް އޯކޭ ވާނެއެވެ. ހެއްދެވިހާ ދޮގެއް ހަދައިގެން ސަރުކާރަށް ކުރާ ދޮގު ތުހުމަތުތައް ސަރުކާރުން ގަބޫލުކޮށް އެއްބަސް ވުމުން ނޫނީ ސަރުކާރުން ތެދެއް ހަދާ ކަމަކަށް އެ ގައްދާރުން ގަބޫލެއް ނުކުރާނެއެވެ.

    ]]>
    Tue, 15 Nov 2022 17:48:42 +0500 ހީރަސް
    ހަސަން ލަތީފަށް: ހަސަނާ ތިޔައީ ބޮޑުވަރު https://heerasnews.com/696 https://heerasnews.com/696 ދަރުމަވާނެއެވެ. ވަކި މީހަކަށް ވެރިކަން ހޯދައިދޭން ބޭނުން ވިޔަސް ހަސަނާ ތިޔައީ ބޮޑުވަރެވެ. އެމްޑީޕީގެ މެޖޯރިޓީ ތާއީދު ހަސަނު މެނަށް ގެއްލުނީ ތިޔަ ބުނާ ރައީސަކާއި ހަސަނު ލީޑަރޝިޕްގައި ތިއްބައެވެ. ހިތުހުރި ވާހަކައެއް ދައްކަމުން ހިތުހުރި އެއްޗެއް ހަދަމުން ދިޔައިރު މެންބަރުން ތިބީ ހަނެވެ. ބޮޑުތަނުން ފޭލިވެ މަގުމަތި ވީމާ ތިޔަ ފާޑަށް ތެޅި ބޭލުމަކުން ތާއިދެއް އިތުރެއް ނުވާނެއެވެ.

    ސަރުކާރުން އެއްވެސް ކަމެއްގައި އެއްވެސް ހަރުދަނާ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ތިޔަވަނީ ހަސަނުމެން އަމިއްލައަށް ބާކީވެ ގަތުމުންނެވެ. ސިޔާސަތެއް އޮތްކަން ވެސް އެނގޭނީ ސިޔާސަތު އޮތްކަން އެނގޭ ހިސާބެއްގައި ހުރި ނަމަތާއެވެ. ދުރުގައި ހުރެ ވައްވައް ޖެހިޔަސް ކަމެއް އޮތް ގޮތެއް ހިނގާ ގޮތެއް ނޭނގޭނެއެވެ. އެނގުނަސް އެނގޭ ކަމަކަށް ނުވެސް ހަދާނެއެވެ.

    އެމްޑީޕީގެ އިސްތުނާފު މަޖިލީހުގެ ފުރަތަ ރައީސްގެ ގޮތުގައި ހުރެ ނަޝީދުގެ ހުދުމުހުތާރުކަން ބޮޑުވެގެން އިސްތިއުފާ ދީފާ އެމްޑީޕީން ބޭރުވީ ވެސް ތިޔަ ހަސަނެވެ. ސޯސަލް ލިބަރަލް ޕާޓީ ހަދައިގެން އިބްރާ ވަރެއް ނެތިގެން އުޅުނީ ވެސް ތިޔަ ހަސަނެވެ. ވަތަން އެދޭ އިއްތިހާދަށް ވެރިކަން ލިބި އިބްރާގެ ސްލޮޓެއްގައި ނަޝީދުގެ ވަޒީރުކަން ހޯދީވެސް ތިޔަ ހަސަނެވެ. ވަޒީރު ކަމާއެކު ނަޝީދު ވަރެއް ނެތިގެން އެމްޑީޕީގެ ތެރެއަށް އަލުން ތޮރުފެގަތީ ވެސް ހަސަނެވެ. ޔޫތު އެންޑް ލޭބަރ މިނިސްޓަރުކަމުގައި ހުރެ ހިންގިހާ ޖަރީމާތަކާ ހުރެ ބްލެކްމެއިލްވެ ނަޝީދަށް އަޅުވެތި ވެގެން ތިޔަ އުޅެނީ ވެސް ހަސަނެވެ. ޑިމޮކްރެޓީކް އެއްވެސް ވެލިއުއެއް ހަމައެއް އިންސާފެއް ގަބޫލު ނުކޮށް ގާނޫނީ ވަކީލުންގެ ޕްރޮފެޝަން ވެއްޔާ މޮޑެނީވެސް ތިޔަ ހަސަނެވެ.

    ހަސަން ލަތީފް: އެސްއެލްޕީ ތަމްސީލުކުރަނީ

    ލަދުގަނތް ބަލާށެވެ. އެމްޑީޕީން ވަކިވާން ލިޔުނު ސިޓީ ހޯދައިގެން އަމިއްލައަށް ކިޔާލަ ބަލާށެވެ. އޭރު ހަސަނު ހުރީ ހަމައިގައެވެ. މިހާރަކު ކިޔަވައިގެން ހުރި އެއްޗަކާ ހަސަނުގެ އަމަލަކާ ދިމައެއް ނުވެއެވެ. ހަސަނަށް ތެދަކީ ވެސް ދޮގަކީ ވެސް މިހާރު ނަޝީދު ގަބޫލުކުރާ ގޮތެވެ. އެކަމަކު ބުނަން ހެއްޔެވެ. އެމްޑީޕީގެ މެޖޯރިޓީ މިހާރަކު ތިޔަ ވިސްނުމެއް ގަބޫލެއް ނުކުރެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ތަކުންނާއި ގައުމީ މަޖިލީހުގެ ނިންމުންތަކުން އެކަން ސާފުވާނެއެވެ.

    ޗާގޯސް މައްސަލައިގައި ހަސަނު ތިޔަ ބުނާ ގޮތަށް ސަރުކާރުން ކަމެއް ފޮރުވައިގެނެއް ނޫޅެއެވެ. ރާއްޖޭގެ ހާރިޖީ ވަޒީރާއި ބަންޑާރަ ނައިބު ވަނީކަމުގެ ހަގީގަތް އޮތްގޮތް ވަރަށް ސާފުކޮށް މީޑިއާ ތަކަށް ވިދާޅުވެ ދެއްވާފައެވެ. ގަބޫލު ކުރަން ބޭނުން ނުވާ ބަޔަކަށް ދުވާލު މެންދުރު މެދު އުޑުގައި އިންނަ އިރު ދައްކާފައި އެހެރީ އިރޭ ބުންޏަސް ގަބޫލެއް ނުކުރާނެއެވެ.

    ޗާގޯހަކީ އެއްވެސް އިރަކު ރާއްޖޭގެ ބައެއްކަމަށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން ގަބޫލު ކޮށްފައި ނެތްކަން އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ހަސަނެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތްކަމަށް ހޮދު ހަސަނު މިހާރު ވެސް ގަބޫލެއް ނުކުރާނެއެވެ. ފުށުއަރާ އިމުގެ މައްސަލައިގައި ރާއްޖޭން އޭރުވެސް މިހާރުވެސް ފުކެއް ދޫނުކުރާކަން ވެސް ރަނގަޅަށް އެގޭނެއެވެ. އެހެނެއް ކަމަކު ހަސަނު ވެސް ބޭނުންވަނީ ފިތުނަ އުފައްދާ ސަރުކާރާ މެދު ޝައްކު އުފައްދާށެވެ. ނަޝީދު ނޫން މީހަކު ރާއްޖޭގައި ވެރިކަން ކުރާކަށް ހަސަނުމެން ނޭދެމު ނޫން ހެއްޔެވެ. ހަސަނުމެންގެ ޑިމޮކްރަސީއަކީ ނަޝީދެވެ.

    ހަސަނުމެނަށް ހަގީގަތް ސާފުވާ ކަމަށް ވާނީ ހަސަނުމެން ކުރާ ހަގީގަތެއް ނެތް ތުހުމަތު ތަކަށް ސަރުކާރުން އެއްބަސް ވުމުންނެވެ. ރައީސް ސާލިހު ފަހަތަށް ޖެހި ނަޝީދަށް ވެރިކަމަށް އަންނަ ޖާގަ ދިނުމުންނެވެ. މި ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތް ތަކަކީ ނަޝީދަށްޓަކައި ކޮށްދޭ ކަންކަން ކަމަށް ބުނުމުންނެވެ. ނަޝީދުގެ ފައިދޮންނަ ފެންބޯ ވަރަށް މުޅި އެމްޑީޕީ އަޅުވެތި ވުމުންނެވެ.

    ހަސަނާއެވެ. ނަޝީދުގެ ސިޔާސީ ބާރުވެރިކަން ދަމަހައްޓާ ނަޝީދަށް ވެރިކަން ހޯދަން ގެންގުޅޭ ހަތިޔާރަކަށް އެމްޑީޕީ ހެދުނު ޒަމާން ފަހަނައަޅާ ހިނގައްޖެއެވެ. އެންމެންނަކީ ހަސަނު ކަހަލަ މޮޔައިންނެއް ނޫނެވެ. މައުމޫނުގެ ދިގު ތިރީސް އަހަރު ނިންމަން ނިކުތް އެންމެން ނަޝީދަށް ދޫދިނީ މޫލާފައި އޮތް ވެރިކަމެއް ނުނިމި އިތުރަށް ދިގުލާ ހިނގައިދާނެތީއެވެ. މިއަކީ އެ ދުވަހެއް ނޫނެވެ.

    ]]>
    Tue, 15 Nov 2022 15:59:19 +0500 ހީރަސް
    ހިޔާ ޓަވަރު ތަކަށް ކަރަންޓް ދިނުމަށް ވަގުތު ނަގާފާނެ: ސްޓެލްކޯ https://heerasnews.com/695 https://heerasnews.com/695 ހުޅުމާލޭ ހިޔާ ޓަވަރު ތަކަށް ކަރަންޓް ދިނުމަށް އަޅާފައިވާ ކޭބަލުތައް މަރާމާތު ކުރުމަށް ގިނަ ވަގުތު ތަކެއް ނަގާފާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ކޭބަލްތައް އައިސޮލޭޓްކޮށް އެހެން ކޭބަލެއް މެދުވެރިކޮށް ހިޔާޓަވަރު ތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރު ދަނީ ކުރަމުންނެވެ.

    އައިސޮލޭޓްކޮށް އެހެން ކޭބަލެއް މެދުވެރިކޮށް ހިޔާޓަވަރު ތަކަށް ކަރަންޓް ދިނުމަށް ގިނަވެގެން ހޭދަވާނީ ދެ ގަޑިއިރު ކަމަށް ސްޓެލްކޯއިން ބުނެއެވެ.

    ]]>
    Tue, 15 Nov 2022 12:56:38 +0500 ހީރަސް
    އަންނި ބުނެފިއްޔާ ޝައިތާނާ ވެސް އޯކޭ! https://heerasnews.com/694 https://heerasnews.com/694 ލަދުން ބޯހަލާކެވެ. އިންތިހާބަކަށް ދޮންކުރާ އިރަށް މި ތިބެ ވާވަރެކެވެ. ތިމާއަށް ތާއީދު ނުކުރާ ކޮންމެ މީހަކީ ގައްދާރެކެވެ. ވަގެކެވެ. އަނގަ ފި..ކެވެ. ބޭނުން ވެއްޖެ ނަމަ ކޮންމެ މީހަކަށް ކޮންމެ ގަޑިއަކު މަރުހަބާ ކިޔައެވެ. ކޮންމެ ފަދަ މުޖުރިމަކަސް ނަޝީދު ބޭނުން ވެގެން އެމްޑީޕީގެ އޮޑީގެ ހަފޮޅު އެތެރެ ވުމުން ސާފު މަލުމަލު ހުދު ފޮތިކޮޅެކެވެ. ކިލައެއް މިލައެއް ކޫރެއް ބޫރެއް ނެތް އަގު ބޮޑު ޖަވާހިރެކެވެ.

    މިދައްކަނީ ނުދައްކާ ނުވެގެން އެމްޑީޕީގެ ވާހަކައެވެ. ހުރިހާ މޫސުމަކަށް ވެސް ވާހަކައިން އޮޑި ފައްކަލެވެ. އޮޑިއެއް ނުފެތޭނެއެވެ. ފިކުރު މަރެއް ވެސް ނުވާނެއެވެ. މަރު ނުވަނީ ކޮން ފިކުރެއް ކަމެއް ނޭގެއެވެ. ކަމަކާ ޖެހޭއިރު ހިޔާލު ތަފާތު ވުމުން ތިބެވެނީ އަމިއްލަ އޮޑީ ތެރޭގައި ކަނޑި ކަންފަތް މައްޗަށް ދަމައިގެން ފަޅާ އަޅާލަން ތައްޔާރަށެވެ.

    30 އަހަރުގެ ދިގުވެރިކަން ނިންމަން ފޫގަޅައިގެން އަތުގުޅައިގެން އެމްޑީޕީން ނިކުތްހާ އެންމެން ޖެހުނުތާ ލަކުނުވެސް ނެތި ގެއްލިއްޖެއެވެ. ގޯގޯ ލަތީފާއި މުނައްވަރާ ޒަކީއާއި އިބްރާ މިއަދު އެމްޑީޕީއަކު ނެތެވެ.

    ފުރަހަނި ޝުއައިބުމެން ފަދަ އިސް އެކްޓިވިސްޓުން އޮޔާ ދުއްވާލީއެވެ. އިސްލާހީ ހަރަކާތަށް ހަކަތަ ދިން ގާސިމަށް އެމްޑީޕީއާއި ވައިވެސް ނޭޅެވުނެވެ. ރީކޯ މޫސައާއި މަވޯޓާ ޝަރީފަށް ޖެއްސަނީ ފުޅަނގީގެ ހާލެވެ.

    އެމްޑީޕީ އުފެދުނީއްސުރެ އުފެދި ބޮޑުވަމުން އައި ގަބީލީ (ކަލްޓް) ބާރެއް އެންމެ ފުނުގައި ވަކި ހިއްޕާލާފައި އޮތެވެ. އެ ގަބީލީ ވިސްނުމަށް ތާއީދު ނުކުރި އެންމެންނަށްހެން ޖެހުނީ އެއްހާލެވެ. ޖެހުނީ އެމްޑީޕީއާއި ފޭވާށެވެ. ނޫނީ ހަނު ހުންނާށެވެ. ކަލްޓާ ތަފާތު ހިޔާލެއް ފިކުރެއް ފާޅުވެއްޖެ ނަމަ އެ މީހެއްގެ ޒަމާން ދުއްވާލައެވެ.

    ތަޖުރިބާތަކުން ތަންކޮޅެއް ތިލަ ކޮށްލާނަމެވެ. މައުމޫނުގެ އަށްމެންބަރު ކަންކޮށް މައުމޫނުގެ ޓިކެޓްގައި މާލެއަތޮޅު މަޖިލިސް މެންބަރު ކަމުގައި އިންނެވި އަދި ނަޝީދުގެ މައްޗަށް ވައްކަމުގެ ދައުވާ ކުރި ޕްރޮސިކިއުޓަރ އަލްއުސްތާޒު މަރިޔާ އަހުމަދު ދީދީ އެމްޑީޕީއާއި ގުޅިވަޑައި ގަތުމުން އޭރު އެވަރު ޖަވާހިރެއްނެތެވެ. ވިމަން އޮފް ކަރޭޖްއަކީ އެއީއެވެ.

    އެމްޑީޕީގެ މަންމަޔަކީ އެއީއެވެ. މިއަދު އެމްޑީޕީގެ ސްލޮޓްގައި ރާއްޖޭގެ ދިފާއިވަޒީރުކަން އެ ކުރައްވަނީ ހަމަ އެ މާރިޔާ ދީދީއެވެ. ނަޝީދު ނުރުހުމުން މި އަދަކު މާރިޔާ އެމްޑީޕީއަށް ކޮށްދެއްވި އެއްވެސް ހެޔޮކަމެއް ޕަޕެޓް ކަލްޓަކަށް ނުވެއެވެ. މިއަދު މަރިޔާއަކީ އެމީހުންގެ ނަޒަރުގައި އެމްޑީޕީގެ ދޮންއަމައެވެ.

    މައުމޫނުގެ ވެރިކަމުގައި އެމްޑީޕީއަށް އެންމެ ފުރައްސާރަކޮށް ހެދުމުގެ ސަބަބުން ޖަނާޒާކުޑޭގެ ނަމުން މަޝްހޫރުވި ޑރ.ޝަހީދު ހުރީ ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ހަރިޖީ ވަޒީރުކަމުގައެވެ. ކިތަންމެ ލާދީނީ ވިޔަސް ޕަޕެޓްކަލްޓަށް ޝަހީދު ވަރެއް އަދިވެސް ނެތެވެ. ނަޝީދުގެ ރުހުން އޮތީމައެވެ.

    ނަޝީދު، އަލީ ވަހީދު: އެމްޑީޕީއަށް ގެނައީ އުރާލައިގެން

    ޑީއާރުޕީގެ ނައިބަކަށް ހުރެ އެމްޑީޕީއަށް ބޫންބޫން އެޅުވި އަލީވަހީދު ގޯއްޗާއި ފައިސާ ދީގެން ކަރުގައި މާފަތި އަޅުވާ އުރާލައިގެން ގެނެސް ޗެއަރޕަރސަންގެ ގޮޑީގައި ވެޑުވިއިރު އެ ވަރު މީހަކު ނެތެވެ. ރިޔާސީ ތަންމަތި ފަޅުފިލުވާދޭ ހިސާބަށް ބޮނޑިކޮށް ލާމެހިގެން އުޅުނު އިރު އެއަށްވުރެ އެމްޑީޕީ މީހަކު އުޑު ދަށުގައި ނެތެވެ. ޑީއާރުޕީގެ އަނެއް ފަހުލަވާނު އަލްހާނު ފަހުމީ ގެނެސް ދެފުށުން ފިރުމާ އިއްޒަތް ދީގެން ބާރު ދީގެން ގެންގުޅެ ހިޔާލު ތަފާތު ވެލާއިރަށް ކާޅަށްކޮށާ މަސްދީ، ފައްސާ ނަގާލީ ހަމަ ނަޝީދުގެ ކަލްޓުންނެވެ.

    އެމްޑީޕީއަށް ވެލި ކާންދޭން އުޅުނު ތަސްމީނު އަލީއާއި އޭނާގެ ޕެކޭޖު އެމްޑީޕީއަށް ގެންނަން އުޅުނު އިރު ނަޝީދު ހީވީ ގުރުސް ފެންމަތިވެގެން އުޅުނު ހެންނެވެ. އެ މީހުން ރުއްސަން ނަޝީދު އޭރު ނުކުރަނީ ކީއްހެއްޔެވެ. އެ ގޭގޭއަށް ވަދެ އެނދު ތަންމަތިއަޅާ ދަރިން ނިންދަވާ ފެންވަރުވާ ހަދާދީ އުޅުނޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. އެމްޑީޕީއަށްޓަކާ ޖާނާ މާލުން ގުރުބާންވި މައުރޫފު ޒާކިރު ވެސް ޕްރައިމަރީ އޮޅާލައިގެން ކަޓުވާލާ ތަސްމީނަށް އެމްޑީޕީގެ ޓިކެޓް ދިނީ ނަޝީދުގެ މަކަރާ ހީލަތުން ނޫން ހެއްޔެވެ. އަދި އަދަށް ވެސް ކެންދޫ ދައިރާގައި އެމްޑީޕީ އެ އުޅެނީ އެ އުނދަގުލުން އަރައި ނުގަނެގެނެވެ.

    އަލީ އާޒިމް އެމްޑީޕީއަށް ސޮއި ކުރަނީ

    ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ތަސްމީނާއެކު އެމްޑީޕީއަށް އައި އެންމެން ފިސާރި ރަނގަޅަށް އެމްޑީޕީގެ ތެރޭގައި އެ ތިބީ ގަދަކޮށެވެ. ބަލި ނުކުރެވޭ ވަރަށެވެ. ތަސްމީނެއް ރޮޒައިނާއެއް އަލީއާޒިމެއް ނާޝިޒެއް ޝާހިދެއް ކިޔާނެކަމެއް ނެތެވެ. އުޅޭ ތަނެއްގައި އެވެރިން އުޅެނީ ފިސާރި ކެރިގެންނެވެ.

    ޑީއާރުޕީ ހަލާކޮށްފައި ރޮޒޭނާ އައިސް އުޅޭ ވާހަކަ ދައްކާއިރު އަލީ އާޒިމުގެ ވާހަކަ އެ މޭރުމުން ނުދައްކަނީ އަލީ އާޒިމު ނަޝީދުގެ ފަހަތުގައި ހުރީމާކަން އޮޅިގެން އުޅޭ މީހަކު ނެތެވެ. ޔާމީނުގެ އަނިޔާވެރިކަން ތަހައްމަލު ކުރަމުން ދިޔައިރު އެމްޑީޕީއަށްޓަކާ ރޮޒޭނާ ވަރުގެ ގުރުބާނީއެއް ވީ މީހަކު މަދުވާނެއެވެ. ހޮދު ނަޝީދުގެ ދުލުން ރޮޒޭނާއަށް ތައުރީފުކޮށް ވާހަކަ ދެއްކީ އެއްތާކު ދޭތަކު ނޫނެވެ. އެއް ފަހަރަކު ދެފަހަރަކު ނޫނެވެ. ރޮޒައިނާ އެމްޑީޕީއަށްޓަކަ ވަމުން ދާ ގުރުބަނީ ޢާއްމު މެންބަރުން ބަލައިގަނެއެވެ. އެކަން އެންމެ ފަހުން އޮތް އިންތިހާބުން އެއޮތީ ސާފުކޮށް ފެންނާށެވެ. އޭރުވެސް ޕަޕެޓް ކަލްޓުން މިހާރު ތިޔަކިޔާ ހުރިހާ އެއްޗެއް ކިޔެވެ. އަޑު އެހީ ކާކު ހެއްޔެވެ.

    އެމްޑީޕީ ތަމްސީލުކުރަނީ: އޭރު އިންތިއަށް ރޮޒޭނާ ވަރަށް ފައްކާ

    ޕާޓީއަށް ގިނަ ދުވަސް ވެގެން އިމްތިޔާޒް ފަހުމީމެން ކުރި ކަންކަމަށް ވުރެ އެމްޑީޕީއަށްޓަކާ ރޮޒައިނާ ވީ ގުރުބާނީ މާ ބޮޑުވެފައި މާސާފެވެ. އެހެން ނޫނަސް އިމްތިޔާޒް ފަހުމީމެނަށް ތިޔަ ތިބެވެނީ ކަލްޓެއްގެ ތެރޭގައި ޕަޕެޓުންނަށް ވެވިފައެވެ. އަމިއްލަ ވިސްނުމާ ފިކުރު ނަޝީގެ މުށުތެރޭގައި ގައިދު ކޮށްގެންނެވެ. ނަޝީދު ބުނެފިއްޔާ ޝައިތާނާއަށް ވެސް އޯކޭ ވެގެންނެވެ.

    ]]>
    Mon, 14 Nov 2022 19:30:26 +0500 ހީރަސް
    ޔާމީނާ ބައިވެރިވާ މީހަކާ މި ސަރުކާރު އެކަހެރި ވާނެ! https://heerasnews.com/693 https://heerasnews.com/693 ދިވެހި ރައްޔިތުން އިބޫފައިސަލް ގާތު އެދުނީ އެ މީހުނަށް ހެޔޮވެރި ކަމެއް ކޮށްދިނުމަށެވެ. ދެވަނަ ބުރަކަށް ނުގޮސް އެއްބުރުން އިބޫފައިސަލް ވެރިކަމަށް ހޮވާދިނީ ކަންތައް ތަކެއް މަތިކޮށްފައެވެ. ވެރިކަމަށް އިސްކުރަމުން ރައްޔިތުންގެ ގިނަ ބަޔަކަށް އިބޫފައިސަލް އޯކޭވީ ވަކި ކަހަލަ ކަންތައްތަކެއް ކޮށްދޭ މަތިންނެވެ. އެ ގޮތުން ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވި މުހިންމު ބައެއް ކަންކަން ހަދާނަށް އަންނަތީ ހިއްސާ ކޮށްލަމެވެ. 

    ނަމަނަމަ ޔާމީނާއި އޭނާގެ ބައިވެރިން ވެރިކަމާ ކައިރި ނުކުރާތި:

    އާނއެކެވެ. އިބޫފައިސަލްގެ ވެރިކަމަށް ހަތަރު އަހަރު ފުރިއްޖެއެވެ. ފަސްވަނަ އަހަރު ފެށުނީއެވެ. ދައުލަތް ހިންގުމުގައި ޔާމީނުގެ ބައިވެރިވުމެއް އޮތަކަ ނުދެއެވެ. މަޖިލީހުގައި ވެސް ޔާމިނުގެ ބައިވެރިން ކުރަން ބޭނުން ވެގެން ހުށައަޅާ އެއްވެސް ކަމެއް ވިޔަކަ ނުދެއެވެ. އެމްޑީޕީގެ ވަފާތެރި މެންބަރުން އެ ތިބީ އެ ކަމަށް ނިކަން ރަގަޅަށް ހޭލައެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ސަރުކާރުގެ ބައިވެރިން ގޮތުގައި ތިބެ ސަރުކާރަށް ޖެއްސުން ކޮށް ހެދިޔަސް ޔާމީނާ ގުޅިގެން އުޅޭކަން ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ނަމަ މި ސަރުކާރުން ފެޔެއް ނުވެއެވެ. 

    މައުމޫނާއި އިމްރާނާއި ގާސިމާއި ނަޝީދު ވެރިކަމުގައި ބައިވެރި ކުރުން: 

    ވަޒީރުންގެ މަޖިލީހުން ފެށިގެން ސަރުކާރު ކުންފުނިތަކުގެ ހިންގުމާ ހަމަޔަށް އެ ހަތަރު ސިޔާސީ ލީޑަރުންގެ ހިއްސާ އިންތިހާ ދަރަޖައަށް އިބޫ ފައިސަލް ސަރުކާރުގައި އޮވެއެވެ. ކޮރަޕްޝަނާއި ފަސާދައިގެ އިނގިލި ދިއްކުރެވޭ ކިތަންމެ ބަޔަކުވެސް އެކަމާ ހެދި މި ސަރުކާރު ތެރެއަށް ވަދެ މަތިހަށި ނަގަން ފުރުސަތު ލިބުނެވެ. ސިޔާސީ ކޯލިޝަނުގެ ތެރޭގައި އޮތް ވެރިކަމަށް އައުމުގެ ވާދަވެރިން ސިއްރު އެޖެންޑާގެ ތެރެއިން އިބޫފައިސަލަށް އުދަގޫތަކާ ދުއްތުރާތައް އަބަދުމެ އޮންނަނީ ޖެހި ޖެހިއެވެ. ކޮންމެ އެފަދަ ދަޑިވަޅެއްގައި އިބޫފައިސަލް އިސްކުރީ ކެއްތެރިކަމެވެ. އެއީ ރައްޔިތުން ބޭނުންވި ގޮތެވެ. ފުރަތަމަ ރިޔާސީ ތަގުރީރުގައި ވެސް އިބޫ ކޯލިޝަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނީ އެއުދަގޫ ޖެހޭނެކަން ނޭގި ހުރެއެއް ނޫނެވެ. ރައްޔިތުން ބޭނުންވެގެން ބުނެ ވޯޓުދިން ގޮތް ކަމަށް ވާތީއެވެ.

    ރައީސާއި ނައިބު ރައީސް ގުޅިގެން ވެރިކަން ކުރުން: 

    ރާއްޖެ މިކުރާ ޑިމޮކްރެޓިކް ވެރިކަމުގެ ތަޖުރިބާގައި ނައިބު ރައީސުންނަކީ ބިރެކެވެ. ނަޝީދުގެ ވެރިކަން ދައުރު ހަމަ ނުކޮށް ނިމެން ދިމާވީ ނައިބު ރައީސްގެ އިހުލާސްތެރި ނުވުމުންނެވެ. ޔާމީނަށް ފަސް އަހަރުގެ ދައުރެއް ނިންމުނީ ތިން ނައިބު ރައީސުން ތަޖުރިބާ ކޮށްގެންނެވެ. ރައްޔިތުން އިބޫ ފައިސަލްގެ ކިބައިން ގުޅިގެން ދައުރު ނިންމައި ދޭން އެދުނީ އެހެންވެއެވެ. އެކަން އިބޫ ފައިސަލް ރައްޔިތުންނަށް ސާބިތު އެބަކޮށްދެއެވެ. 

    އަސާސީ ހިދުމަތް އެންމެނަށް ތަފާތު ނުކޮށް ދިނުން:

    އަބާދީގެ ސައިޒެއް ރަށުގެ ސައިޒެއް ނުބަލާ މީހުން އުޅޭ ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކޮށް ލަފާފުރުން ފަސޭހަކޮށް ރައްކާތެރި ފެން ލިއްބައިދީ އެކަށީގެންވާ ކަރަންޓްގެ ހިދުމަތް ގާއިމު ކުރަން އިބޫފައިސަލަށް ރައްޔިތުން ޝަރުތު ކުރިއެވެ. ތަފާތެއް ނެތި ހުރިހާ ރަށެއްގައި އެއް ވާނަކަށް އެކަންތައްތައް ކޮށް އެހެރަ ނިމެނީއެވެ.

    އަނިޔާވެރިކަން ފުހެލުން: 

    ބަސްބުނުމުގެ މިނިވަންކަމާއި އިހުތިޖާޖު ކުރުމުގެ މިނިވަން ކަމުގައި މިހާރަކު ހައްދެއް ނެތެވެ. އެހެނެކޭ ކިޔާފައި ސިޔާސީ މަސްލަހަތެއް އިސްކޮށް އެއްވެސް މީހަކު ހިފާ ހައްޔަރެއް ނުކުރެއެވެ. ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކޮންމެ މީހަކަށް ދިފާއުވުމުގެ ހުރިހާ ހައްގެއް ތަންމިނަށް އޮތި ހުޅުވިފައެވެ. މިނިވަންކަމުގެ ބޮޑު ކަމުން ކަންބޮޑު ވާހާވެއެވެ. 

    އިދިކޮޅު ސިޔާސީ ހަރަކާތައް ޖާގަ ދިނުން: 

    ލިޔާނެ އެއްޗެއް ލިޔެ ކިޔާނެ އެއްޗެއް ކިޔަމުން ދިޔުމަކަށް ހުރަހެއް ނެތެވެ. އަރާނެ ރަށަކަށް އަރާ ސިޔާސީ ވާދަވެރިން ކުރާނެ ކަމެއްކޮށް ދައްކާނެ ވާހަކައެއް މިއަދު އެތިބެގެން ދަކަނީއެވެ. ނުހުއްޓުވައެވެ. 

    ރިޔާސީ އެހެނިހެން ވައުދުތަކާއި މެނިފެސްޓޯއަށް އަމަލު ކުރުމުގައިވެސް އިބޫ ފައިސަލް ވަރެއް ނެތެވެ. ކޮވިޑްގެ ވަބާގައި ވެރިކަމުގެ ދެ އަހަރު މުޅި ދުނިޔެ މަރުތަޅު އަޅުވާފައި ވަނިކޮށް ކުރު މުއްދަތެއްގައި މިވަރު ވީ ބަޔަކު ވެސް ދިވެހިން މީގެ ކުރިއަކުން ނުދެކެއެވެ. ހެޔޮވެރިކަމަކީ މިއީ ނޫން ހެއްޔެވެ. %68 ދީފައި ރައްޔިތުން އިބޫފައިސަލްގެ ކިބައިން އެދުނީ އެމީހުން ގޮވައިގެން ޔަމީނު ކައިރިކުކޮށް ވެރިކަން ކުރާށެވެ. ޔާމީނާ ކައިރިވާ މީހަކު ބާކީކޮށް އެކަހެރި ކުރަން އެދުނީ ވެސް ރައްޔިތުންނެވެ. ޔާމީނާ ބައިވެރިވާ މީހަކާ މި ސަރުކާރު އެކަހެރި ވާނެއެވެ.

    ]]>
    Mon, 14 Nov 2022 15:11:31 +0500 ހީރަސް
    ރަށުބަންދުން ވީއްލޭތީ ހެޔޮވެރިކަމުގެ އިހުސާސް ކުރެވޭ https://heerasnews.com/692 https://heerasnews.com/692 އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމަކީ ބޮޑުގެއްލުމެއް ކަމަށް ހީކުރުމަކީ ވަރަށް ބޮޑު ގޯހެކެވެ. އަގުހެޔޮ އަރާމު އަވަސް ދަތުރު ފަތުރުގެ ނިޒާމަކަށް ވުރެ ފައިދާ ބޮޑު ހިދުމަތެއް ރާއްޖެ ފަދަ ޖަޒީރާ ގައުމަކަށް ނުއޮންނާނެއެވެ. ރަށު ބަންދުން ވީއްލި އެއްބަޔަކު އަނެއް ބަޔަކަށް ފެނިދެނި ވުމަށް ވުރެ ބޮޑު ފައިދާއެއް ނުއޮންނާނެއެވެ.

    އެއްބަހެވެ. ރާއްޖޭގެ ރައްތައް ފެތުރިފައިވާ ގޮތުން މުޅި ރާއްޖެ ގުޅުވާދޭ ފެރީ ނިޒާމަކަށް ހިގާނެ ހަރަދު ވަރަށް ބޮޑުވާނެއެވެ. ހައިސްޕީޑް ލޯންޗް ފަހަރު ހޯދުމާއި ބެލެހެއްޓުމަށް ފިސާރި ފައިސާ ހޭދަވާނެއެވެ. މުއައްޒަފުންނަށް ހިނގާ ހަރަދު ލައްކަ ބޮޑުވާނެއެވެ. ތެލާއި މަރާމާތާއި ހިދުމަތް ރާވާ ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މިލިއަން މިލިއަނުން ހަރަދު ވާނެއެވެ. ފަސިންޖަރުން އަތުން މަސް ދުވަހު ނަގާ ކުޑަކުޑަ އަގަކުން އެންމެ ދުވަހަކު ހިނގާ ހިންގުމުގެ ހަރަދު ވެސް ފޫ ނުބެއްދޭނެއެވެ.

    ސަރުކާރުން ސަބްސިޑީ ދީގެން މިހާ އަގުބޮޑު ދަމަހައްޓަން އުނދަގޫ ހިދުމަތެއް ދޭން ފެށުމުން މާއްދީ ހަނި ވިސްނުމަކުން ވިސްނާ މީހަކަށް ކަމަކީ ކުރަން ހެޔޮނުވާ ވަރުގެ ކަމެއް ކަމަށް ދުށުމަކީ އެ މީހެއްގެ ވެސް އުނިކަމެއް ނޫނެވެ. ރައްޔިތެއްގެ މައްޗަށް ދައުލަތެއް ބިނާވެފައި އޮތުމުގެ އިހުސާސް ކުރާ އެއްވެސް މީހަކު އެޒާތުގެ ކަންކަމާ މެދު ނޭއްގާނި ވިސްނުމަކުން ނުވިސްނާނެއެވެ.

    އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމުގެ ފައިދާ ހުރިހާ ދައިރާ އަކަށް ކުރިއެރުމާ މަންފާ ލިއްބައި ދޭނެކަން ހުޅުވިފައިވާ ސިކުނޑި އަކުން ވިސްނާލުމުން އެނގިގެން ދާނެއެވެ. ހިދުމަތް ލިބެން ހުރި ތަކާކަށް އަގު ހެޔޮކޮށް އަވަހަށް ގޮސް އެ ހިދުމަތެއް ލިބިގަތުމަށް އެ ނިޒާމު މަގު ފަހިކުރެއެވެ. އެއް ރަށެއްގައި އުފައްދާ އެތި ބޭނުންވާ އެހެން ރަށް ރަށުގައި ތިބޭ މީހުނަށް ފޯރުކޮށް ދެވެއެވެ. ކަމެއް ދިމާވުމުން ނުވަތަ އާއްމުކޮށް ކުރަންޖެހޭ ކަމެއް ކުރުމަށް އެހެން ރަށްރަށަށް ބޮޑުއަގު ދީގެން ކުރަން ޖެހުނު ދަތުރުތައް ކުރުމަށް ހޭދަކުރި ފައިސާ ފައިދާ ހުރި ކޮންމެވެސް އެހެން ކަމަކަށް ހަރަދު ކުރުމަށް މިހާރު ބެހެއްޓެއެވެ.

    ސަރުކާރުން  އޭރުޓީއެލަށް ސަބްސިޑީ ދީގެން ދަތުރު ފަތުރުގެ ނިޒާމު ހިންގާ ދެމެހެއްޓުމަކީ އެތައް ގޮތަކުން ރައްޔިތުންނަށާއި ސަރުކާރަށް އެންމެ ފައިދާ ހުރި އެއްކަމެވެ. ކޮންމެ އަތޮޅެއްގައި ޓަރޝަރީ ހޮސްޕިޓަލް ނާޅާ ދަތުރު ފަތުރުން ގުޅުމުން ރައްޔިތުންނަށް ޓަރޝަރީ ފެންވަރުގައި ސިއްހީ ހިދުމަތް ފޯރުކޮށް ދެވެއެވެ. ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ރަށުގައި ތިބެ މަތީ ތައުލީމަށް ކިޔަވަން ދެވޭނެއެވެ. އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ މީހާއަށް ރަށަށް ނިދަން އާދެވޭނެއެވެ. އިގުތިސާދީ ހަރަކާތްތައް ހުރިހާ ދިމާލެއްގައި ފެށި ގުޅުންތައް ބަދަހިވެ އެންމެން ރަށު ބަންދުން ވީއްލޭނެ ނިޒާމަކީ އާރޓީއެލްއެވެ. އާރުޓީއެލުން މުޅިރާއްޖެ ގުޅާލާ ސަބްސިޑީ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރު ފަތުރުގެ ހިދުމަތް މި ސަރުކާރުން ދިނުމަކީ ރައްޔިތުން އުފަލުން ފޮޅުނު ކަމެކެވެ. ހެޔޮވެރިކަމެއް ކުރެވޭ ކަމުގެ އިހުސާސް ރައްޔިތުން ކުރަނީ ރަށު ބަންދުން ވީއްލިގެންނެވެ.

    ]]>
    Mon, 14 Nov 2022 12:39:48 +0500 ހީރަސް
    ކުދި ރަށްރަށުގައި ސަރުކާރުން ވަޒީފާތަކެއް އުފައްދަނީ ކީއްވެ! https://heerasnews.com/691 https://heerasnews.com/691 ސަރުކާރު ކުންފުނި ތަކުން ގިނަ ބަޔަކަށް ވާޒީފާ ދޭތީ ކަން ބޮޑުވެގެން ބަޔަކު އެބަ އުޅެއެވެ. ކުދި ކުދި ރަށްރަށުގައި ވެސް ގިނަ އަދަދަކަށް ވަޒީފާ އުފައްދާ ގިނަ ބަޔަކަށް ވަޒީފާދިނުމަކީ ފައިދާއެއް ނެތް ބޮޑު ގެއްލުމެއް ގޮތުގައި ސިފަ އެބަ ކުރެއެވެ. ދައުލަތުގެ ދަރަނި ބޮޑުވާ ސަބަބެއް ކަމުގައި އެކަންކަން އެބަ ފާހަގަކުރެއެވެ. ސަރުކާރު ކުންފުނި ތަކުން ރަށްރަށުގައި ވަޒީފާ އުފައްދާ ގިނަ ބަޔަކަށް ވަޒީފާ ދޭ ދިނުމާއި މެދު ރަނގަޅު ވިސްނުމަކުން ވިސްނާލަމާ ހެއްޔެވެ. 

    ތެދެކެވެ. ވަޒީފާ އިތުރު ކުރުމުން މުސާރަ ދޭން ޖެހޭ މީހުން ގިނަވާނެއެވެ. މުސާރައަށް ކުރާ ހަރަދު ބޮޑުވާނެއެވެ. ސަރުކާރުގެ ކުންފުނި ތަކުގެ އޯވަރހެޑް ބޮޑުވާނެއެވެ. އެހެނެއް ކަމަކު ރަނގަޅަށް މެނޭޖު ކޮށްގެން އުފެއްދުންތެރިކަން އިތުރު ކުރުމާއެކު މުއައްޒަފުންނަށް ލޯޑް ކުޑަކޮށް މަސައްކަތުގެ ވެއްޓަށް ދިރުން ގެނެވޭނެއެވެ. އެކަން ކަމަށް ވުރެ ބޮޑު އެހެން ކަމެއްވެސް މުއައްޒަފުން އިތުރު ވުމުން ވާނެއެވެ. 

    ރައްރަށުގައި ވަޒީފާ އަދާކުރާ މީހުން ދެ އަތުގެ އިނގިލި ތަކުން ގުނާ ލެވޭހާ މަދުވުމުން ރަށްރަށުގެ ދިރުން ކެނޑިފައި އޮތްކަން ދެނެ ހުރިން ހެއްޔެވެ. މުސާރަ ލިބުނު ވަކި ދެތިން މީހަކު ނޫނީ ދެން ތިބި އެންމެން އުޅުނު ހާލު އެނގޭ ހެއްޔެވެ. ވަޒީފާ ހޯދަން ރަށުން ބޭރަށް ގިނަ ބަޔަކު ގޮސް ރަށުގައި ތިބި އަނބި ދަރިން ބިކަވެ އާއިލާތައް ރޫޅި އުފުލަން ޖެހުނު ތަކުލީފީ ވޭންތައް އިހުސާސެއް ނުވޭ ހެއްޔެވެ.

    ގިނަ ބަޔަކަށް އެމީހުން އުޅޭ ރަށުން ވަޒީފާ ދީގެން ދައުލަތުން އުފުލަންޖެހޭ މާލީ ގެއްލުމަށް ވުރެ ޖުމްލަ ގޮތެެއްގައި މާލީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން އުފުލަންޖެހޭ ތަކުލީފާއި ވާ ގެއްލުން ސަރުކާރު ތަކަށް މާބޮޑެވެ. ލިބޭ ވަގުތީ މާލީ ގެއްލުން ހައްލު ކުރުމަށް ވިސްނުންތެރި ކަމާއެކު ސަރުކާރަށް ކުރެވޭނެ ކަންތައް ބައިވަރެވެ.

    ގިނަ ބަޔަކަށް ވަޒީފާ ދީގެން ދައުލަތަށް އުފުލަން ޖެހޭ ބުރަޔަށް ވުރެ އާއްމު ރައްޔިތަށް ވަޒީފާ އިތުރުވުމުން ވާ ފައިދާ މާ ބޮޑެވެ. ރައްޔިތުންގެ އެތައް ގޭބިސީ އަކަށް އެކަށީގެންވާ އާމްދަނީއެއް މަހުން މަހަށް ގަވައިދުން ލިބިގެން ދެއެވެ. ކޮންމެ އާއިލާ އެއްގެ އެކަކަށް ނަމަވެސް މަހުން މަހަށް ކަނޑައެޅިފައި އޮންނަ އާމްދަނީއެއް ލިބޭނެ ކަމުގެ ކަށަވަރުކަން ލިބުމަކީ ރައްޔިތުން ހަމަޖެހިގެން ދިރިއުޅޭން ފަހިވާ ފަހިވުމެކެވެ. ކޮންމެ ރަށަކަށް މުސާރައިގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ވަނުމަކީ އެ ރަށެއްގައި ދައުރުވާ ފައިސާ އިތުރު ވާނެ ކަމެކެވެ.

    ދައުރުވާ ފައިސާ އިތުރުވީ ވަރަކަށް ރައްޔިތު މީހާގެ އުފެއްދުން ތަކަށް އަގު ލިބެންފަށައެވެ. ވިޔާފާރިތައް ފުޅާވެއެވެ. ހިދުމަތްތައް އިތުރުވެ ދޭ ހިދުމަތަށް އަގު ލިބެއެވެ. ކުންފުތަކުގެ މުއައްޒަފުން ނޫން އެހެން މީހުންގެ ޖީބުތައް ވެސް ތަނަވަސް ވެއެވެ. 

    ހަނދާން އައުކޮށްލާށެވެ. 65 ފަހަރުން މަތީގެ މީހުނަށް ޕެންސަން ފައިސާ ލިބެން ފެށުމުން ރަށްރަށުގެ އާއިލާ ތަކަށް އާރޯކަން ލިބިގެން ދިޔަ ނޫން ހެއްޔެވެ. ޕްރައިވެޓްސެކްޓަރ ވަރުގަދަ ވާނީ ވެސް ވަޒީފާއެއް އޮވެ އެ ވަޒީފާއިން ލިބޭއެއްޗެއް ރައްކާ ކޮށްގެން އާމްދަނީ ލިބޭނެ އެހެން މަސައްކަތްތައް އަމިއްލަ މީހުން ފަށައި ގަތުމުންނެވެ. ވަޒީފާގެ ގަރަންޓީއަށް ލޯނާއި އެހެން އިނާޔަތްތައް ހޯދައިގެން އަމިއްލަ މަސައްކަތެއް ފެށުމަށް ވެސް މީހުނަށް ވަޒީފާ ދިނުން މުހިންމެވެ.

    އަމިއްލަ ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް ތަފާތު ވަނީ އެހެން ވެގެންނެވެ. އަމިއްލަ އެއްވެސް ކުންފުންޏަކީ ރައްޔިތުމީހާއަށްޓަކާ މަސައްކަތްކުރާ ބައެއް ނޫނެވެ. އެކުންފުނި ތަކުން ސީދާ ފައިދާއެއް ނެތް އެއްވެސް ކަމަކަށް ހޭދައެއް ނުކުރާނެއެވެ. ސަރުކާރު ކުންފުނި ތަކުގެ އަމާޒަކަށް ވާނީ ދެވޭ ހިދުމަތްތައް ދެމެހެއްޓުމާއެކު ރައްޔިތުންނަށް ލުއިފަސޭހަކޮށްދީ ގޮތް ހޯދާ ދިނުމެވެ. އެހެންކަމުން ސަރުކާރު ކުންފުނި ތަކުން ކުރާ ހުރިހާ ކަމަކީ ވަގުތުން ވަގުތައް އެކަމުގެ ސިދާ ނަފާ ފެންނަށް ނުހުންނަ ކަންތައް ތަކަކަށް ވެދާނެއެވެ.

    ]]>
    Sun, 13 Nov 2022 20:41:00 +0500 ހީރަސް
    ހެޔޮވެރިކަން: ރައީސް ސްޓެލްކޯ ޗައިލްޑްކެއަރއަށް ވަޑައިގަތުން https://heerasnews.com/690 https://heerasnews.com/690 ދައުލަތުގެ މުއައްސަސާ ތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ގާއިމު ކުރުމަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އެއްބައެވެ. ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެކެވެ. އޮފީސް ތަކުގައި  ޑޭކެއާގެ ހިދުމަތް ފޯރުކޮށް ދެވޭނެ ގޮތަށް ވަޒީފާ އަދާކުރާ މާހައުލު ބިނާ ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަމާޒެކެވެ. ރައީސްގެ އެ އަމާޒަށް ވާސިލުވުމަށް އެންމެ ފުރަތަމަ އިސްނެގި ކުންފުންޏަކީ ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ (ސްޓެލްކޯ)އެވެ.

    ސްޓެލްކޯގެ މި އިސްނެގުމަކީ މުއައްޒަފުންގެ ކަންކަމަށް ސްޓެލްކޯއިން ދޭ އިސްކަން ރަމްޒުކޮށްދޭ ކަމެކެވެ. ރައިީސް އެދިވަޑައިގެން ފެންވަރުގެ ޗައިލްޑްކެއަރ ސެންޓަރެއް ސްޓެލްކޯގައި ގައިމުކޮށް އެތަނުން ހިދުމަތްދޭން މިހާރު އެވަނީ ފަށާފައެވެ. ސްޓެލްކޯގެ މުއައްޒަފުން ވަޒީފާ އަދާކުރާ ގަޑީގައި ކުދިންނާ މެދު ފިކުރުކޮށް އެކުދިންނަށް ވާނުވާ ނޭނގިގެން މިހާރަކު އުޅޭކަށް ނުޖެހޭނެއެވެ. ކޮންމެ މުއައްޒަފަކުވެސް އެމީހެއްގެ ދަރިފުޅަށް ޗައިލްޑްކެއަރގެ ރައްކާތެރިކަމާ ލޯތްބާ ހޯދާދީގެން ދަރިފުޅާއެކު ވަޒީފާ އަދާކުރެވޭނެ މާހައުލެއް އެއޮތީ ފަހިވެފައެވެ.

    ސްޓެލްކޯގެ ތަޖުރިބާކާރު މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު އެހުންނެވީ މުއައްޒަފުންނަށް ފާގަތިކަމާ އުފާވެރިކަން ހޯއްދަވާ ދެއްވުމަށް ކުރެއްވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވުމަށް އަތުކުރި އޮޅުއްވައިގެންނެވެ. މުއައްޒަފުންނަށް ފަހި ގޮތްތައް ހޯއްދަވާ ދެއްވަމުން މުއައްޒަފުންގެ ކިބައިން އެމްޑީ އެދި ވަޑައިގަންނަވަނީ އެންމެ ކަމަކުއެވެ. ރައްޔިތުންނަށް ސްޓެލްކޯއިން ފެންވަރުހުރި ލުއި އަވަސް ހިދުމަތެއް ދިނުމަށެވެ.

    ސްޓެލްކޯގައި ގާއިމު ކުރެވުނު ޗައިލްޑްކެއަރ ސެންޓަރ ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެ ސެންޓަރަށް ވަޑައިގަތް ވަޑައިގަތުމުން ސްޓެލްކޯއިން މުއައްޒަފުންގެ ލާބައަށް ކުރާ ކަންކަން ސަރުކާރުން ބަލައިގެންފިކަން ކަށަވަރުވެއްޖެއެވެ. ރައީސްގެ އަމާޒު ހިއްޕަވާފައިވާ ކަންކަން ސްޓެލްކޯއިން ފާހަގަކޮށް ރައީސް ސާލިހުގެ ހެޔޮވެރިކަން ދެމެހެއްޓުމުގައި މުޅި ސްޓެލްކޯ އޮތްކަން ސާބިތުވެގެން ދެއެވެ.

    ]]>
    Sun, 13 Nov 2022 13:48:30 +0500 ހީރަސް
    ސަރުކާރުގައި އެޅި ކޮރަޕްޝަނުގެ ބޮޑުފަންޏަކީ ނަޝީދު! https://heerasnews.com/689 https://heerasnews.com/689 އަމާޒެއް ސްޓޭންޑެއް ނެތީ ސަރުކާރުގެއެއް ނޫނެވެ. އަމާޒެއް ސްޓޭންޑެއް ނެތީ ނަޝިދާއި އޭނާގެ ބައިގަނޑުގެއެވެ. ކޮރަޕްޝަނާ ފަސާދަ ހުއްޓުވަން ބޭނުން ނަމަ އަރަންވީ ވެސް ނަޝީދުގެ ފަހަތަކަށް ނޫނެވެ. އިސްލާހަށް މަސައްކަތް ކުރާނަމުގައި ވެރިކަމުގެ އާރާ ބާރުގެ ދަހިވެތިކަމުގައި އުޅެނީވެސް ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. އިސްލާހަށްޓަކައި ގައިގާ ކޫރާއި ބޫރު އެޅުނީކީ ނަޝީދުގެ އެކަންޏަކު ނޫނެވެ. ނަޝީދާ އެއްވިސްނުމެއްގައި ނެތް ކޮންމެ މީހަކީ އިސްލަހީ މަސައްކަތް ކުރި މީހެއް ކަމަށް ނުދުށުމަކީ ތިމާމެންގެ އަމިއްލަ އެދުން ބޮޑުކަން އެންމެ ބޮޑަށް ފާޅުވާ ސަބަބެވެ.

    ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން މަންޑޭލާ ހެދިގެން އުޅުނީ އަމިއްލަ ޖާހު މަތިކޮށް ހައިބަތު ބޮޑުކުރާށެވެ. އިމްތިޔާޒު ފަހުމީއަށް އެކަން ނޭގި އޮތުމަކީ އިސްލާހީ ހަރަކާތުގައި އިމްތިޔާޒު ނޫޅޭކަން ކަށަވަރު ވެގެން ދިޔަކަމެކެވެ. ނަޝީދުގެ ރައީސް ކަމާ ހަމައިން ދާއިރާގެ ގޮނޑިއަށްޓަކައި އެމްޑީޕީ ފެނުނު އިމްތިޔާޒު ފަހުމީ ކަހަލަ މީހުނަށް ވާނީ އެހެންނެވެ.

    ނަޝީދުގެ ވެރިކަމުގައި ހިންގިހާ ކޮރަޕްޝަނާ ފަސާދައިގެ މޭސްތިރިއަކީ ހޮދު ނަޝީދެވެ. ޔާމީނު ކޮށްލިވަރު ނުކޮށްލިއެއް ކަމަކު ހިންގި ކޮރަޕްޝަނެއް މަދެއް ނޫނެވެ. އެނގޭނީ ބަޔަކު ބަލައިލީމައެވެ. އެދުވަސް ވަރުގެ އޮޑިޓް ރިޕޯޓްތަކުން އެކަނިވެސް ނަޝީދަކީ ވެސް ކޮރަޕްޓް މީހެއްކަން ސާބިތުވާނެއެވެ.

    ނަޝީދުގެ ވެރިކަމުގައި ބައި އަޅައިގެން ފްލޯޓިންގ ސިޓީ އެޅުމަށް ފަޅުތަކެއް ވިއްކާ ފައިސާ ނެގީ މިސަރުކާރަކުން ނޫނެވެ. އަމިއްލަ ޖީބަށް ވައްދާފައި އޮތްލެއް ގިނަ ކަމުން އެއްބަސްވުމާ އެއްގޮތަށް އެކަން ނުކޮށް އޮތަސް އެކަމުގައި އެތައް ނަޖާއިޒު ކަންތައް ތަކެއް ހިނގާފައި އޮތްކަން އެގިހުރެ މި ސަރުކާރަށް ވީފަހުން އެއްބަސް ވުން އައުކުރަން ފޫގަޅާފައި އުޅުނީ ކޮން ބައެއް ހެއްޔެވެ. ހީލަތްތެރި ކަމާއެކު ސަރުކާރުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަންކަން ރާވާ ހިންގި މީހުން އެ ތިބީ ފެންނާށެވެ. ބޮޑު މަންފާއެއް ނުހޯދާ މި ބައިގަނޑު އެކަން ކުރާން ނޫޅޭނެކަން ކަށަވަރެވެ. ނަޒާހަތްތެރި ސިއްކަ ޖަހައިގެން ނަޝީދާއި އީވާއާއި އިމްތިޔާޒާއި ހަސަން ލަތީފު ހިންގާލި ކޮރަޕްޝަން ބަލައިލަން ނިކަން ފައްކާވާނެއެވެ. މިއެންމެން މިތިބީ މަޖިލީހުގެ ޖަލްސާއެއްގައެއް ނޫންނެވެ. ސަރުކާރާ ބޭރު ކުންފުންޏަކާ ހަދާ އެއްބަސްވުމެއް ހަދަން މި އެންމެން ގޮސް މި ތިބީ ކޮން ރަލެއް ބޮވިފައި ތިބެގެން ހެއްޔެވެ.

    މި ސަރުކާރު ތެރޭގައި ކޮރަޕްޝަނާ ފަސާދަ ހިންގިއްޔާ ހިންގީވެސް ނަޝީދުގެ ބައިވެރިންނެވެ. ރައީސް ސޯލިހު ބަދުނާމު ކުރުމަށްޓަކައި ދުރާލާ ރާވައިގެންނެވެ. އެންމެން މަޝްހޫރު ކުރާ ވެންޓިލޭޓަރ ގަތުމުގެ ކަންކަމުގައި އުޅުނީ ސީދާ ނަޝީދެވެ. ފޫޅުކަނޑާލީ އޭރުގެ ހެލްތު މިނިސްޓަރ ބޮލަށެވެ.

    މަޖިލީހުގައި ކޮރަޕްޝަނުގެ ވާހަކަ އެންމެ ބާރަށް ދެއްކި ވިލުފުށި އަފީފުގެ އަނގަ ބަންދުވީ ނަޝީދު މެދުވެރިވެގެން ހޯދި ޓެސްޓްކިޓް ޑީލުންނެކޭ ބުނާކަށް ނެތީމެވެ. އެ އަފީފަކު އަދިވެސް އެފުއްޕަނީ ކޮވިޑްގެ މެޑިކަލް އިކްވިޕްމަންޓް ސަޕްލައި ކުރަން ނުދީގެންނޭ ބުންޏަސް ގޯސްވަނީ މަށެވެ. އެވެސް ބިޑް ވިންކުރާ ފަރާތް ކަޓުވާލާފަ އަފީފާއި ހިޔަލީ ގެ ކުންފުންޏަށް ނުދީގެނެވެ. އަރާއިރު އަހުމަދު ރަޝީދުމެނަށް ވެސް ވެގެން މިއުޅެނީ އެހެންތާއެވެ.

    އީވާގެ ފިރި ސާބެއާއި އިލްޔާސް ލަބީބުގެ ކުންފުންޏަށް ޕްރޮޖެކްޓްތައް އޮއްސުވާލުމުގެ ފަހަތުގައި ހުރީ އެހެން ކާކުހެއްޔެވެ. ޕްރޮޖެކްތްތައް ނަގައިގެން ޕްރޮޖެކްތްތައް ނުނިންމާ ތިބީ އެހެން ކަމަކު ނޫނެވެ. ސަރުކާރު ބަދުނާމު ކުރާށެވެ.

    ރިނަޔަބްލް އެނަރޖީ ރާއްޖެއަށް މާރކެޓްކޮށް ރާއްޖޭގައި ކުރާ ސޯލަރހަކަތައިގެ ކޮންމެ ވިޔަފާރިއަކުން ނަޝީދުގެ އަމިއްލަ ޖީބަށް ފައިސާ ވައްދައެކޭ ނުބުނަމެވެ. ނަންވާނީ އަލްގީނު މީޓިއޮރޮލޮޖީއަށް ޖަޕާނުން ދިން ޑޮލަރުކޮޅެއް އަމިއްލަ އެކައުންޓަށް ވެއްދި ކަމެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ދައުލަތަށް ލިބޭފައިސާއަށްވުރެ ގިނަ ފައިސާ ނަޝީދުގެ ޖީބަށް އޮހޭކަމަކަށް މަށަކު ނުކިޔަމެވެ.

    ވަޒީރުންނާ ގުޅާ ބިރު ދައްކައިގެން ރައްޓެހިންނަށް ލޯނާއި އެކި ނަން ނަމުގައި ފައިސާ ހޯދަން ނަޝީދު އުޅެއެކޭ ނުބުނަމެވެ. އެމްޑީޕީ ގައުމީ މަޖިލީހުގައި ތިބި ނަޝީދުގެ ޕަޕެޓުންނަށް މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓާއި މަސައްކަތް ހޯދާދީގެން ބަޔަކު އަޅުވެތި ކޮށްގެން އުޅެއެކޭ ވެސް ނުކިޔަމެވެ. ޕާޓީގެ ސްލޮޓްގައި ސަރުކާރަށް ބޭވަފާތެރި ނަޝީދަށް ވަފާތެރި ސިޔާސީ ވެރިން އިސްކޮށްގެން ސަރުކާރުގެ ކަންކަން ފަސްކޮށް ލަސްކޮށް މުއައްސަސާތައް ވާގިނައްތަމުން ގެންދާ ކަމަށް ބުނެ ފިއްޔާ އެވެސް ވަނީ ދޮގަކަށްތާއެވެ.

    ގުޅިގެން ހީލަތްތެރިކަމާއެކު ގޯސްތައް ހަދައިގެން ތިބެ އިދިކޮޅު ވާދަވެރިންނަށް ވުރެބާރަށް ސަރުކާރަށް ކޮރަޕްޝަނޭ ވައްކަމޭ ކިޔައިގެން ނަޝީދާ ބައިވެރިން އެބަ ބަވައެވެ. ސަރުކާރުގައި ކޮރަޕްޝަން އޮވެގެން އެންމެ ބާރަށް ނެގިނެގިފަ ޖެހޭއިރު މި ސަރުކާރުގައި އަޅާފައިވާ ކޮރަޕްޝަނުގެ ބޮޑުފަންޏަކީ ނަޝީދު ނޫން ހެއްޔެވެ.

    ]]>
    Sat, 12 Nov 2022 16:19:42 +0500 ހީރަސް
    ހެޔޮވެރިކަން: މ. ނާލާފުށީގެ ޒަމާނީ އިންޖީނުގެ ހުޅުވުން https://heerasnews.com/688 https://heerasnews.com/688 ކަރަންޓްގެ ހިދުމަތުގެ ފެންވަރު ޒަމާނީ ކުރެވި ބޭނުންވާ މިންވަރަށް ރައްޔިތުންނަށް އަތްފޯރާ އަގުގައި ފެނަކައިން ހިދުމަތް ދެމުންދަނީ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ.

    ދުވަސްވެ ބައުވެ އާއްމު އުދަގުލަކަށް ވެފައި ހުރި ބައު އިންޖީނުގެ ތަކުގެ ބަދަލުގައި ޒަމާނީ ފެންވަރަށް އައު އިންޖީނުގެ އަޅާ އެ ތަންތަނުގެ ހިދުމަތް ލިބިދެނީ އެއް ރަށެއް ދެ ރަށެއް ގައެއް ނޫނެވެ.

    ފެނަކައިގެ ހިންގުންތެރި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ ލީޑަރޝިޕް ދަށުގައި ފެނަކައިން ކާމިޔަބުތައް ހާސިލު ކުރަމުން ދަނީ ހަލުވިކަމާއެކު ޒަމާނީ ފެންވަރުގައެވެ. ރަށާ އެކަށީގެންވާ ޖަނަރޭޓަރ ސެޓްތައް ބަހައްޓަމުން ކަރަންޓުގެ ވިއުގެ ފުޅާކޮށް ބޮޑު ކުރަމުންނެވެ.

    ރައީސް ސޯލިހުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ޒަމާނީ ފެންވަރަށް ކަރަންޓްގެ ހިދުމަތް ނުލިބޭ އެއްވެސް ރަށެއް ނުބޭއްވުމަށް ކުރެވޭ މަސައްކަތުގެ ކާމިޔާބީގެ ލިސްޓަށް މ. ނާލާފުށިވެސް އަރައިފިއެވެ.

    މ. ނާލާފުށީގައި ކަރަންޓުގެ ހިދުމަތް ދެމުން އައީވެސް އަވަށު ތެރޭގައެވެ. މީހުން ދިރިއުޅޭ ގޯތިތަކަށް އިންޖީނު ގޭގެ އުދަނގޫ ފޯރާ ގޮތަށެވެ. އިވޭ ގަދަ އަޑާއި ވަޅު ވަޅުގެ ފެން ތަގައްޔަރު ވުމާއި ވައި ނުސާފުވެ މީހުނަށް ދަތި އުދަގޫތައް ފޯރަމުން ދާތާ ކިތަންމެ ދުވަހެކެވެ. ނާލާފުށީ ރައްޔިތުން އެ އުދަގޫތައް ތަހައްމަލު ކުރާތާ 23 އަހަރު ވެއްޖެއެވެ.

    ދަތި އުދަގޫ ހާލަތުން ނާލާފުށީ ރައްޔިތުން ސަލާމަތްކޮށް ދިނުމަށް މި ސަރުކާރުން މިހާރުއެވަނީ ރައްޔިތުންނަށް އުދަގޫ ނުވާ ހިސާބުގައި ޒަމާނީ އިންޖީނުގެއެއް އަޅާދީފައެވެ. ފެނަކައިން އެއިމާރާތް ބިނާކޮށް ކުރިން ހުރި ބައު އިންޖީނުގެ ބަންދުކޮށް ފިއެވެ. ވޭތުވެ ދިޔަ 23 އަހަރު ނާލާފުށީ ރައްޔިތުން އުޅުނު ހާލުދުށް ސަރުކާރެއް މިސަރުކާރު ނޫނީ ނެތެވެ.

    ހީވާގި ފެނަކަ ޓީމުގެ މަސައްކަތުން ނާލާފުށީގައި ޒަމާނީ ފެންވަރުގެ އައު އިންޖީނުގެއެއް ބިނާކޮށް މީހުން ދިރިއުޅޭ ސަރަހައްދުން އިންޖީނުގެ ބޭރު ކޮށްދީފިއެވެ. އިންޖީނު ރޫމާއި އޮފީހަކާއި ގުދަނެއް ހިމެނޭގޮތައް ކުރިން ހުރި ބައު އިންޖީނުގޭގެ ބަދަލުގައި އަލަށް އިމާރާތްކޮށް ހިދުމަތް ދޭން ފެށި އައު އިންޖީނުގެ މި އަހަރުގެ ޖުމްހޫރީ ދުވަހު ހުޅުވާ އެ އިންޖީނުގެއިން މ. ނަލާފުއްޓަށް ވެސް ކަރަންޓްދޭން ފަށައިފިއެވެ.

    ]]>
    Sat, 12 Nov 2022 11:54:40 +0500 ހީރަސް
    ހެޔޮވެރިކަން: ލ. މާބައިދޫ އައު އިންޖީނުގެ ހުޅުވުން https://heerasnews.com/687 https://heerasnews.com/687 އިރު އަރާ އޮއްސޭ ކޮންމެ ދުވަހަކީ ފެނަކައިގެ ކޮންމެވެސް އައު ކާމިޔާބެއް ފާހަގަ ކުރަން ޖެހޭ ދުވަހަކަށް އޮންނަނީ ވެފައެވެ. ހީވާގި ފެނަކަ ޓީމުގެ ކުޅަދާނަ ހިންގުންތެރި މެނޭޖިންގ ޑިރެކްޓަރ ސައީދުގެ މޭސްތިރިކަމުގެ ދަށުގައި ފެނަކައިން ލަޑު ދަނޑިތައް ހާސިލު ކުރަމުން އެދަނީ ފަތު އަޑު ކިޔާފައެވެ. ރަށްރަށުގެ ރައްޔިތުންނަށް މި ހަގީގަތް ސާފުވާނެއެވެ.

    ލ. މާބައިދޫގައިވެސް ކަރަންޓުގެ ހިދުމަތް ދެމުން އައީ މީހުން ދިރިއުޅޭ ގޯތިތަކުގެ ތެރޭގައި ހުރި އިންޖީނު ގެއަކުންނެވެ. އެ ތަނުން އިވޭ އަޑުން އެތައް ބައެއްގެ އިވުމުގެ ހިއްސަށް ގެއްލުންތައް ލިބިފައިވެއެވެ. ކައިރި ގޭގޭގެ ވަޅު ވަޅުގެ ފެންގަޑު ތަގައްޔަރު ވެފައިވެއެވެ. ހިސާބު ގަނޑުގެ ވައި ނުސާފުވެ މީހުނަށް ދިރިއުޅުމަށް އޮތީ ދަތި ވެފައެވެ. އެ ހާލުގައި އެ ރަށުގެ ރައްޔިތުން އުޅޭތާ 38 އަހަރު ވެއްޖެއެވެ.

    އެތައް އަހަރަކަށް ފަހު އެ ދަތި އުދަގޫ ހާލަތުން އެ ރަށުގެ ރައްޔިތުން ސަލާމަތްކޮށް ދިނީ މިސަރުކާރުންނެވެ. ފެނަކައިންނެވެ. ވޭތުވެ ދިޔަ 38 އަހަރު ވެސް ރާއްޖޭގައި ސަރުކާރުތައް އޮތެވެ. މާބައިދޫ ރައްޔިތުން އެ ހާލުން ސަލާމަތްކޮށް ދީ އެ މީހުންގެ ހާލު ދުށް ސަރުކާރެއް ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ސަރުކާރު ނޫނީ ނެތެވެ.

    ފެނަކަ ޓީމުގެ މިންނަތް މަސައްކަތުން މާބައިދޫގައި ޒަމާނީ ފެންވަރުގެ އައު އިންޖީނުގެއެއް ބިނާކޮށް މީހުން ދިރިއުޅޭ ސަރަހައްދުން އިންޖީނުގެ ބޭރު ކޮށްދީފިއެވެ. އިންޖީނު ރޫމާއި އޮފީހަކާއި ގުދަނެއް ހިމެނޭގޮތައް ކުރިން ހުރި ބައު އިންޖީނުގޭގެ ބަދަލުގައި އަލަށް އިމާރާތްކޮށް ހިދުމަތް ދޭން ފެށި އައު އިންޖީނުގެ މި އަހަރުގެ ޖުމްހޫރީ ދުވަހު ހުޅުވާ އެ އިންޖީނުގެއިން ލ. މާބައިދުއަށް ކަރަންޓް ދޭން ފަށައިފިއެވެ.

    އާބާދީގެ ކުޑަ ބޮޑަކަށް, ރަށެއްގެ ސައިޒަކަށް ބެލުމެއް ނެތި, ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތްތައް ރާއްޖޭގެ ބޮޑު ބައެއްގައި ކާމިޔާބު ކަމާއެކު ފެނަކަ ކޯޕަރޭޝަނުން ދެމުން އެބަދެއެވެ. އުދަގޫ ބުރަ މަސައްކަތެކެވެ. އަބަދާ އަބަދުމެ ފާރަވެރިވެ ބަލަހައްޓަން ޖެހޭ ހިދުމަތްތަކެކެވެ. ފެންވަރު މަތިކޮށް ފުޅާ ކުރުން ނިމުމެއް ނެތް ހިދުމަތް ތަކެކެވެ. އެހެނަސް އެތައް ޒަމާނަކުއްސުރެ ލަސްވެ ފަސްވެ ފަރުވާ ކުޑަ ކުރެވިފައިވާ އަސާސީ ހިދުމަތްތައް ދިނުން މި ސަރުކާރުން އޮތީ މެކުހުގައެވެ.

    ފެނަކައިގެ ހީވާގި ޓީމުގެ ވަރުބަލި ކަމެއް ނެތް ފެން ވަރު ހުރި މަސައްކަތުން ރަށްރަށުގައި ކަރަންޓުގެ ހިދުމަތް އަޖައިބެއްހާ ރަގަޅަށް ދަނީ ދެވެމުންނެވެ. ބަލި މީހަކަށް އައިވީ ދޭ އުސޫލުން ރަށްރަށުގައި ދެމުން އައި ކަރަންޓްގެ ހިދުމަތުގެ ފެންވަރު ޒަމާނީ ކުރެވި ބޭނުންވާ މިންވަރަށް ރައްޔިތުންނަށް އަތްފޯރާ އަގުގައި ފެނަކައިން ހިދުމަތް ދެމުންދަނީ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ.

    ]]>
    Sat, 12 Nov 2022 11:13:13 +0500 ހީރަސް
    ބައިރޯ ހިފައިގެން ހީރޯ ހެދުނަސް އިންތިއަކީ ޒީރޯ https://heerasnews.com/686 https://heerasnews.com/686 އިންތިއެއް ކަމަކު މާބަރަށް ތެޅެންޏާ ފައިބާނީ ހުޅުނބެވެ. އިމްތިޔާޒު ފަހުމީއަށް ކަމުދާ ކަމެއް ރައީސް ސާލިހު ސަރުކާރަކަށް ނުކުރެވޭނެއެވެ. އިންތިހާބަކުން ބަލިވީމާ އަދިވެސް ތިޔަ އުޅެނީ ބަލި ގަބޫލު ނުކުރެވިގެންނެވެ. ޒާތަކަށް އަރިއަކަށް ޖެހި ހުރެގެން ތިޔަފާޑަށް ތިޔަ އުޅެނީ ސްޕޯޓްލައިޓާއި ސިއެސްޓާ ހުށަހަޅާ ދޭކަށް ނޫން ވިއްޔާއެވެ. 

    ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނަތާ ދިހަބާރަ އަހަރު ވީއެވެ. ކުރެވުނީ ކީއްހެއްޔެވެ. ކޮށްދެވުނީ ކީއްހެއްޔެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގެ މުގައްރަރަކަށް ހުރެގެން ޖުޑީޝަރީއަށް ގެނެސް ދެވުނީ ކޮން އިސްލާހެއް ހެއްޔެވެ. ތިބިއްޔާ ތިބި ގާޒީއެއް ކަޑާ އުކުންނޫން ކަމެއް އެބަކުރަން ހެއްޔެވެ. މީހުންގެ ނަފަރަތާ ރުޅި ސަރުކާރުދެކެ އަންނާނެ ހުރިހާކަމެއް ހީލަތްތެރި ކަމާއެކު އެބަކުރަމު ނޫންހެއްޔެވެ. ތިޔަ ކަހަލަ ޖާހިލު ވިސްނުމެއްގައި ކުރާއެއް ވެސް ކަމަކުން ތިޔަ އެދޭ ނަތީޖާއެއް ހާސިލެއް ނުވާނެއެވެ. 

    ބަރުލަމާނީ ސަރުކާރެއް އުފައްދައިގެން ނަޝީދަށް ބޮޑުވަޒީރުކަން ހޯދައިދީގެން ވަޒީރުކަން ކުރުމުގެ ހުވަފެން ކުލަނުވެ ސަފުން ބާކީވުން ނޫން ކަމެއް އެބަ ވޭހެއްޔެވެ. ނުވެއެވެ. ނުވެސް ވާނެއެވެ. ރައްޔިތުންގެ ވިންދާ ދެކޮޅަށް ގައިވީދުން ނޫން ކަމެއް މުޅި ސިޔާސީ ހަޔާތުގައި ކޮށްފައެއް ނެތެވެ. ޑިމޮކްރަސީގެ މައި ރުކުން ކަމުގައިވާ މެޖޯރިޓީއަށް ތަބާވުމުގެ ކަންފުޅެއް ވެސް ތިޔަ ބައިގަޑުގެ އެކެއްގެ ގައިގާނެތެވެ.  

    އެމްޑީޕީގެ ސްޕޯކްސް ޕަރސަނަކަށް ހުރެ އެމްޑީޕީއަށް ކޮށްދިން މޮޅު ކަމަކީ ކޮބާހެއްޔެވެ. އެމްޑީޕީގެ ސޫރަ ރީތި ކުރެވުނު ހެއްޔެވެ. ޑިމޮކްރަސީގެ ނަމުގައި ދިވެހިވެށި ހަރާބު ކުރުމުގެ ހުތުރު ނަން ނޫން އެއްޗެއް ތިޔަ ބައިގަނޑާ ހެދި އެމްޑީޕީއަށް ލިބުނު ހެއްޔެވެ. ދެއްކިހާ ވާހަކައިން ގިނަ ބައެއްގެ ނަފްރަތާއި ރުޅިވެރިކަން ނޫން އެއްޗެއް އެމްޑީޕީއަށް ހޯދާ ދެވުނު ހެއްޔެވެ. 

    ބޮޑު ޖަލްސާއެއް އޮތިއްޔާ މުޅި ބޮލުން ފޭދޭ ވަރަށް ތެޔޮލާ ޓިންޓިން ސަޑު ނަގައިގެން ޕޯޑިއަމުގައި ބައިސާ ކެޑުން ނޫންކަމެއް ކުރެވުނު ހެއްޔެވެ. ހައްގަކީ ބާތިލަކީވެސް އިންތި ދެކޭގޮތެވެ. ސަރުކާރުގެ މެދުވެރިކޮށްގެން އިންތިމެން ޖަހަން ތިޔަ އުޅެނީ ކޮން ސަކަރާތެއް ކަން އެންމެނަށް ވެސް އެބަ އެނގެއެވެ. 

    ނަޝީދު ނޫން މީހަކު ވެރިކަމުގައި ހުރިއްޔާ އިންތިމެން އުޅޭނީ ތިފާޑަށެވެ. މެޖޯރިޓީއަށް ތާއީދު ކުރުމަކީ އިންތިމެން ދަންނަކަމެއް ނޫނެވެ. އިންތި ދެކޭ ގޮތުގައި އެންމެން ވެސް ވިސްނަންވީ އިންތިމެންގެ ސިކުނޑިންނެވެ. ބަޔަކު ގަޅަހައްދައިގެން އިންތިމެނަށް އުޅެވުނު ޒަމާ ހިނގައްޖެއެވެ. ތިޔައީ ވެސް މިހާރު މާޒީއެވެ. ސަފުން ބަކީވެގެން ފުސްމޫނު ދެއްކިޔަސް ލޮއްސަން ފަހަތުން ހިނގާނެ ބަޔަކު މިހާރަކު ނެތެވެ.

    ބައިރޯ ހިފައިގެން ހީރޯ ހެދުނަސް އިންތިއަކީ ހަމަ ޒީރޯއެވެ. އެކަން ޗެއަރޕަރސަންގެ އިންތިހާބުން ފެނިއްޖެ ނޫން ހެއްޔެވެ. ބަލިވީމާ ބަލި ގަބޫލުކޮށް ގުޅެގެން އުޅެވޭ ވަރަށްވުރެ މާބޮޑަލެވެ. ނުރުހި ދުރަށްދާން ކެރޭ ވަރަށް ފިޑިއެވެ. ދެކޮޅު ކޮސް މެދު ރ..އެވެ.

    ގާނޫނީ ބިލު ޑްރާފްޓްކޮށް ހުށަ ހެޅުމުގެ ބާރު މެންބަރުންނަށް އެބައޮތެވެ. ތިޔަހާ މޮޅިއްޔާ ޖޫޑިޝަލް ސަރވިސް ކަމިޝަނުގެ ކޮމްޕޮޒިޝަން ބަދަލު ކޮށްދޭންވީ ނޫން ހެއްޔެވެ. އެކަން ނުކުރާން ތިޔަ ހުންނަނީ އައްނިއަށް އެތަނުން ނިކުންނަށް ޖެހިދާނެތީ ނޫން ހެއްޔެވެ. މުޅި އާއިލާގެ ގިނަ ބޭފުޅުން ތަކެއް ޝަރުއީ ނިޒާމަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވިޔަތީ ޖުޑިޝަރީއަށް ފާވެގަނެ އިނދެގެން އެ ބޭފުޅުންގެ ނަން ހަރާބު ކުރުން ނޫން ކަމެއް އެބަކުރަން ހެއްޔެވެ. ކުރަން އުޅެނީ ކީއްކަން އޮޅިގެން އުޅޭ އެކަކު ވެސް ނެތެވެ.

    ތިޔަ ބައިގަނޑުގެ އަމިއްލަ އެޖެންޑައަށްޓަކާ އިމްތިޔާޒު ތިޔައީ އަމިއްލަ ބޭބެ ހަވަރަށްދީ އެ ފަކީރުގެ ޒަމާން ދުއްވާލުމުގެ އެންމެ އަޑީގައި ހުރި މީހާ ނޫން ހެއްޔެވެ. އަފްރާޝީމަށް ވީވަރު ނުވެ އެފަކީރު ސަލަމަތްވީ ތިމާގެ ބޭބެއަށް ވީތީ ނޫން ހެއްޔެވެ. ދުލުގައި ހިފާ ދަމަން ނުހަދާށެވެ.

    ]]>
    Sat, 12 Nov 2022 02:29:32 +0500 ހީރަސް
    ބޭއިންސާފު އާންމުވެފައި އޮތްއޮތުން ނިމުމަކަށް ގެނެވިއްޖެ! https://heerasnews.com/685 https://heerasnews.com/685

    އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމުގައި އޮތް އޮތުން ނިމުމަކަށް ގެންނަވައިފިއެވެ. އިންސާފަށް އެދުމުގެ ކުރިން، އިންސާފު ލިބިދާނެކަން އުންމީދު ނުކުރެވޭ ހިސާބަށް ބޭއިންސާފު އާންމުވެފައި އޮތްއޮތުން ނިމުމަކަށް ގެނެވިއްޖެއެވެ. އެއްބަސްނުވާ ކޮންމެ މީހަކީ، ވެރިކަމުގެ ހަތުރަކަށްވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވައިފިއެވެ.

    އެއްބަހެވެ. މީގެ 4 އަހަރު ކުރިން ގައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ނުތަނަވަސްކަމާ ބިރުވެރިކަމެވެ. އެވާހަކަ ތަކުގެ ހަނދާން އައުވުމުން އަސަރުކުރެއެވެ. އަދިވެސް ހާސްވެއެވެ. ރައީސް އެވިދާޅުވާހެން މީގެ ހަތަރު އަހަރުކުރިން ގައުމު އޮތް ހާލަތު ހިތައް ގެންނަވާށެވެ. އޭގެން ކުޑަ މިންވަރެއް ހަނދާނަށް ގެނެސް ބަލާށެވެ. މިހާރު ގައުމުގައި ކަންއޮތީ އެހެން ނޫންކަން ތެދަށް ހުރެ ވިސްނާލާ މީހަކަށް އެނގޭނެއެވެ. 

    ޔާމީނު ވެރިކަމަށް އެރިގޮތަށް އަރާ ފެށީ ގައުމު ގައުމުގެ ހަޒާނާއިން ވައްކަން ކުރާށެވެ. ކެންޕޭނު ހަރަދުތައް ފޫބެއްދުމަށް އޭނާ ހިޔާރުކުރި މަގަކީ ދައުލަތުގެ މިލްކިއްޔާތުން ވައްކަން ކުރުމެވެ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ނޫނީ ދައުލަތަށް ލިބޭ އެއްވެސް ފައިސާއެއް ބަލައި ނުގަންނަން އޮތް އޮތުން ފުރަތަ ބަދަލު ކޮށްލީއެވެ. ޓޫރިޒަމަށް ދޫކުރާ ރަށްތަކާއި ބިންތަކާއި ފަޅުތަކާއި ފަރުތަކުން ދައުލަތަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް އެމްއެމްޕީއާރުސީއަށް ބަލައިގަންނަ ގޮތަށް ހަމަޖެއްސި ޖެއްސުމަކީ އޭގެފެށުމެވެ. އިކުއިޒިޝަން ފީއެއް އެހެން އެއްޗެއް ކިޔާނެކަމެއް ނެތެވެ. މީރާއަށް ހިޔަނިވެސް އަންގާނުލާ ޖީބުތަކަށް އަޅާ ފުރަންފެށިއެވެ. ރަނގަޅަށް ކެންޕޭނު ހަރަދުތައް ފޫބެއްދޭނީ އޭރުންތާއެވެ. ތިޔަވަރުކޮށްލާކަށް ނުވާނޭބުނެ ހެޔޮ ނަސޭހަތް ދިން ޒަމާންވީ އެކުވެރިޔާ ނަމިރާ ނާޒިމަށް ޖެހުނީ 25 އަހަރުގެ ޖަލުހުކުމެއް ލިބިގަންނާށެވެ.

    2014،15،16 ތިން އަހަރު ދުއްވާލީ ދައުލަތް ދަވާލުމުގެ މަސައްކަތުގައެވެ. މީހަކަށް ދޮންކަޅު އަންގަނުލައެވެ. ދަބަސްދަބަހާއި ފޮށިފޮއްޓާއި ކޮންޓޭނަރު ތަކުގައި ނަގުދު ފައިސާ ގެއަށް އުފުލީ ތިޔަހެނަކުން ނޫނެވެ. މަދުމަދުން ބޭންކް ޓްރާންސް ސެކްޝަންތައް ފައިސާ ދޮވުމުގެ މަސައްކަތުގައި ހެދިކަމުން ބޭންކްގައި މަސައްކަތް ކުރާ މެނޭޖަރަކަށް ހިލަންވެ އެކަން ފަޅާ އަރުވާލިއެވެ. ބުޅަލު ބުޑުގައި އުނބުން ޖެހުން ދުއްވައިގަންނަހާ ބާރަށް ދުވެގޮސް މެނޭޖަރ ގާސިމް އަބްދުލްކަރީމު ޖަލުގޮޅިއަކަށް ފައްތާ ޗޭނު ޖެއްސެވެ.  އެކަން ހިލަންވެ ދައުލަތުގެ އޮޑިޓަރޖެނެރަލް ނިޔާޒު އިބްރާހީމް މަތިމަތިން ބަލައިލި ކަމަށްޓަކާ ގާނޫނަށް ގެނައި ބަދަލަކުން ފޮނުވާލީ ގެއަށެވެ. ނަސީބަކުން ޖަލުގެ ތޭރިތަކުގެ ފަހަތަކަށް ދާކަށް ނުޖެހުނެވެ.

    ބޭއިންސާފު ވުމުގައި ޔާމީނަށް ވަކިކަމެއް ނެތެވެ. ވެރިކަމަށް ފާޑުކީ ނޫސްވެރިންނާ ނޫސްތައް މިލިޔަނުން ކުރީ ޖުރުމަނާއެވެ. ރާއްޖެޓީވީ އެތައް ފަހަރަކު މިލިޔަނުން ޖުރުމަނާކޮށް ބްރޮޑްކާސްޓިންގ މެދުކަނޑާލަން މަޖުބޫރު ކުރުވިއެވެ.

    އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފައިގެން އިހުތިޖާޖަށް ނިކުތްހާ ބަޔަކު ތަޅާ ރޯނާ ގެންނެވީއެވެ. މޭޑޭ މުޒާހަރާއަށް ނިކުތްހާ މީހުންގެ ލޭ ކޮށާލާ އަބްދުﷲ ރަޝީދުގެ ފުރާނަ ދުއްވާލިއެވެ. މޭޑޭގެ ބައިވެރިން ތެރެއިން އަމިއްލައަށް އަރުވާލެވުނު ބަޔަކު ފިޔަވާ ޝައިޚް އިމްރާނު ފަދަ އެތައްބަޔަކު ޖަލުގައި ވޭންދެނިވި އަނިޔާތައް ތަހައްމަކު ކުރަން ޖެއްސިއެވެ.

    ގޮށްމުށުގެ ވެރިޔާ ޔާމީނަށް ހެޔޮގޮތެއް ނޯވެއެވެ. ތިމާގެ ވެރިކަމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ މާލޭން ފެންކެނޑުމުގެ ހާދިސާގައި އެކަން ހައްލުކުރުމުގައި އުޅުއްވި ހީވާގި ދިފާއީ ވަޒީރު ކާނަލް ނާޒިމުގެ ޒަމާން ދުއްވާލިގޮތް ހަނދާން ކޮށްބަލާށެވެ. ރައްޔިތުންގެ ރުހުމާ ލޯބި ލިބޭހެން ހީވެގެން ގެއަށް ފިސްތޯލައެއް ވައްދުވައިގެން ފްރޭމްކޮށް ދިގު މުއްދަތުގެ ހުކުމެއް ޖެހީ ވެރިކަން ބީވެދާނެ ކަމަށް ގަތް ބިރަކުންނެވެ. 

    އޭގެ އަނެއް މިސާލެވެ. ފައިސާއަށް ބޫތުކައިފައި ހުރިވަރުން ރަށްތައް ވިއްކަމުގެ އަމަލީ މަސައްކަތުގައި ބައިދީގެން ގެންގުޅުނު  އިތުބާރު ކުރި އަދީބަށް ރައްކާތެރިކަން ދިނުމުގެ ނަމުގައި ޖެއްސީ މުޅި އުމުރު ޖަލުގައި ހޭދަކުރާށެވެ. ކުރިހާ ވައްކަމާ ހިންގިހާ ހިޔާނަތަކީ އަދީބު ކުރިކަމަކަށް ހަދާ ފިނިފެންމާ ލޯންޗް ގޮއްވާލުމަށް ޖެއްސި ގޭމުވެސް އަދީބުގެ ބޮލަށް ކަނޑާލީއެވެ.

    ރައީސް ވިދާޅުވީ ހައްގުތެދެކެވެ. ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ އިއްޒަތްތެރި މެންބަރުން ފާރުމަތިން އުކާލީ ބަރަޖާ ގަނޑަކުން ހިރަފުސް ފޮޅާލާ ގޮތަށެވެ. ދުވަސް ގަނޑަކަށް މަޖިލީހުގައި ބޮޑުތަޅުލާ ހާލަތުއްޒުރޫރާގެ ދަށަށް މަޖިލިސް ވައްޓާލި އިރު މި ފުޑާލެވެނީ ދައުލަތުގެ އެއްބާރުކަން ވެސް އިހުސާސެއް ނުވެއެވެ.

    ]]>
    Sat, 12 Nov 2022 01:09:50 +0500 ހީރަސް
    ހަނގުރާމަ ކޮށްގެން ވެސް ފޯޅަވަހި އަތުލާނެ! https://heerasnews.com/684 https://heerasnews.com/684 މީގެ 460 އަހަރު ކުރިން ޗާގޯސް އަކީ ދިވެހީންގެ ބިމެއްކަން އެނގުނީ އަދި ކިރިޔާ ހެއްޔެވެ. ޗާގޯސް ފަރަންސޭސިންނާއި އިނގިރޭސިން ކޮލޮނައިޒްކޮށް، 1966ގައި އެމެރިކާއަށް ކުށްޔަށްދީ، 1968ގައި މޮރިޝަސްގެ ބައެއް ކަމަށް ދައުވާ ކުރިއިރު ދިވެހިން ކޮބައި ހެއްޔެވެ. ދުނިޔޭގެ ކޯޓުން ޗާގޯހަކީ މޮރިސަހުގެ ބައެއްކަމަށް އިސްތިޝާރީ ލަފާއެއްދީ އދ މަޖިލީހުގެ މެޖޯރިޓީން ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތުގެ ދަށުގައި އޮންނަން ޖެހޭ ތަނެއް ކަމަށް ގަބޫލު ކުރިއިރު ޔާމީނާއި އަންނި ކޮބައިހެއްޔެވެ.

    މީލާދީއިން 1500އާއި 1600 ދެމެދުގެ އަހަރުތަކަށް ހިނގާބަލާށެވެ. ނުވަވަނަ ހަސަން ރަސްގެފާނު ، ޕޯޗުގީޒުންގެ ރާޖާއަށް ފޮނުއްވި ކަމަށް ދިވެހި ތާރީހު ބުނާ ފަތްކޮޅެއްގައި ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ބައެއް ކަމަށް ބުނެފައި އޮތްކަމަށް އެބަވެ ޔޯލައެވެ. ވޭތުވެ ދިޔަ ދިގު މާޒީގައި ރާއްޖޭގެ ވެރިކަމުގައި ތިބިހާ ބަޔަކަށް އެކަން ނޭގި އޮތީ ހެއްޔެވެ. ގައުމާ ވަޒަނާ ދީން ދެކެ އެންމެ ލޯބިވާ ކަމަށް ބުނާ ޔާމީނު އަބްދުލްގައްޔޫމާއި ކެނެރީގޭ ނަޝީދު ވެސް މި ރާއްޖޭގައި ވެރިކަން ކޮށްފިއެވެ. ފޯޅަވަހި ރައްޖޭގެ ބައެއް ކަމަށް ވެގެން އެތަން ހޯދަން ކުރި އެއްކަމެއް ނެތެވެ. އޭރު ފޯޅަވައްސަކީ ރާއްޖޭގެ ބަޔަކީ ހެއްޔެވެ. މިދެ މީހުން ވެސް އެކަމާ ނޫޅުނީ އޭރު ރާއްޖޭގެ ބަޔަކަށް ޗާގޯސް ވާތީތާއެވެ. ނުނި ވިއްޔަ ރާއްޖެއަކީ ޗާގޯހުގެ ބަކަށް ވެގެން ހެއްޔެވެ.

    މޮރިސަހުން ދުނިޔޭގެ ކޯޓުގައި ފޯޅަވަހީގެ ސިޔާދަތީ ބާރު އެ މީހުނަށް އޮތްކަން ސާބިތު ކުރަން ދައުވާ ކުރިއިރު ރާއްޖޭގެ ވެރިކަމުގައި ހުރީ ގައުމީ ބަތަލު ޔާމީނެވެ. ފޯޅަވަހި ރާއްޖޭގެ ތަނަކަށް ވެގެން އެތާގެ މިލްކުވެރިކަން ހޯދަން ދައުވާ ނުކުރިތާ މޮރިސަހުން ހުށަހަޅައިގެން އުޅުނު މައްސަލައިގެ ތެރެއަށް ތަދައްހުލު ވެސް ވެނުލައެވެ.

    ރާއްޖޭގައި ގާނޫނު އަސާސީ ލިޔެވޭން ފެށީއްސުރެ ރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ގޮތުގައި ޗާގޯހުން އަކަ އިންޗިއެއް ވެސް ހިމަނާފައެއް ނުވެއެވެ. އިގުތިސާދީ ސަރަހައްދުގެ ފުށުއެރުމެއް އޮވެގެން މޮރިޝަހާ ދެކޮޅަށް އެކަމާ ދައުވާ އެބަކުރެވެއެވެ. ރާއްޖޭގެ ސަރުކާރު ތަކުން އިގިރޭސީންނާއި އެކުގައި މަޝްވަރާ ކުރީވެސް މޮރިޝަސް ސަރުކާރާ މަޝްވަރާ ކުރަނީ ވެސް އިގުތިސާދީ ސަރަހައްދުގެ ފުށުއެރުން ހައްލު ކުރާށެވެ. އެއްވެސް އިރަކު ފޯޅަވައްސަކީ ރާއްޖޭގެ ބަޔަކަށް ވެގެން އެ ވާހަކައެއް ދިވެހި އެއްވެސް ސަރުކާރަކުން ދައްކާފައެއް ނެތެވެ. ރާއްޖޭން އެ ވާހަކަ ދައްކާނީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮންނަ ކަމަށް އެއްވެސް ބަޔަކު ގަބޫލު ކުރާނަމަތާއެވެ.

    ވެގެން ތިޔަ އުޅެނީ އެހެން ގޮތެކެވެ. ރައީސް ސާލިހުގެ ސަރުކާރަށް އަވައްޓެރި އިންޑިއާއިން އެއްބާރުލުން ދޭދިނުން ހަޖަމް ނުވަނީއެވެ. ވާދަވެރިން ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދަން ފިތުނައެއްް އުފައްދަނީއެވެ. ދުނިޔޭގެ ޖިއޯ-ޕޮލިޓިކްސްގައި އިންޑިއާ-ޗައިނާގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވައްޓާލައިގެން ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްދަނީއެވެ. ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައި ރާއްޖެ ގުރުބާން ކުރަނީއެވެ.

    ތިޔަ ވަރަށް ފޯޅަވަހިވެފައި ތިބިއްޔާ މޮރިޝަސްއާ ހަނގުރާމަ ކޮށްގެން ވެސް ވާނީ ފޯޅަވަހި އަތުލާށެވެ. ރާއްޖެއަކީ ދުނިޔޭގެ ނިންމުންތައް އޮޅާލާފައިވެސް އެކަން ކުރެވޭވަރުގެ ގަދަ ބައެއްތާއެވެ. ޔާމީނާއި ނަޝީދު ވެރިކަން ހޯދަން ކުޅޭ ބައިބަލާ މެޗަކަށް ހަދައިގެން ރާއްޖެ ގަނަތަޅުވަން ނޫޅޭށެވެ. ހޭކަނޑާލާފައި ފޯޅަވަހި ރާއްޖޭގެ ބައެކޭ ގޮވާ ނަގާއިރު އެތާނގެ ވަޒަންވެރިންނަކީ މުސްލިމުން ނޫންކަން ވެސް ހަނދާނެއް ނުހުރެއެވެ. ފޯޅަވަހި އިނގިރޭސި އިސްތިއުމާރުން ވީއްލުމާއެކު އެތާގެ އަސްލު ވަޒަންވެރިން އެތަނަށް އާރާނެއެވެ. ފޯޅަވަހި އެއް އިސްތިއުމާރުން އަނެއް އިސްތިއުމާރަށް ދާން އެތާނގެ ވަޒަން ވެރިން ރުހޭނެ ހެއްޔެވެ. ފޯޅަވަހީގެ އަސްލު ވަޒަން ވެރިންގެ ގިނަ މީހުން އެތިބީ މޮރިޝަސްގައެވެ. މޮރިޝަސްގެ ދަށަށް ފޯޅަވަހި ދިޔުމުން އެތާނގެ އަސްލު ރައްވެހިން ފޯޅަވައްސަށް ގޮސް އަލުން ވަޒަންވެރި ވުމުގެ ފުރުސަތު ބޮޑެވެ. މިހާރުވެސް އެ މީހުންނަކީ މޮރިޝަސްގެ ރަށްވެހިންނަށް ވާތީއެވެ. އޭގެ ބަދަލުގައި އެ މީހުންގެ ދީން ބަދަލުކޮށްގެން ރާއްޖޭގެ ދަށުގައި އިސްތިއުމާރު ވެގެން ތިބެން އެމީހުނަށް ރުހެވޭނެ ހެއްޔެވެ. ނުރުހެވޭނެއެވެ. 

    ]]>
    Fri, 11 Nov 2022 14:45:24 +0500 ހީރަސް
    އިބޫ ސަރުކާރު އައީ ޔާމީނު ސަރުކާރުގެ ދަރަނި އަދާކުރަން! https://heerasnews.com/683 https://heerasnews.com/683 ޕީޕީއެމް- ޕީއެންސީގެ މެންބަރުންނާއި ރައީސް ނަޝީދުމެން ދަރަނީގެ ވާހަކަ ދައްކަން މަޖިލީހުގައި އަނގަ ހުޅުވަން ލަދު ނުގަންނަކަމެވެ. އެމްއެމްޕީއާރުސީން އެކަނި ވެސް ދައުލަތުގެ ހަޒާނާގައި ހުންނަން ޖެހޭ 65.01 މިލިޔަން ޑޮލަރު ދިރުވާލައިގެން ހުރެ ވެރިކަން ހޯދަން އުޅެން ޔާމީނު ހަޔާތް ނުގަންނަކަމެވެ. މި ދައްކަނީ ހަމައެކަނި އެންމެ އޮފީހަކުން ދިރުވާލައިގެން ހުރި 1.2 ބިލިޔަން ދިވެހި ރުފިޔާގެ ވާހަކައެވެ. އެއީ އަދި ލިޔެ ކިޔުމުން އޮޑިޓަށް ފެންނަން އޮތްވަރެވެ. ހަވާސާއިން ބޭރުން ކަޅާކޮށްލާފައި އޮންނާނީ ކިހާވަރެއްކަން ހިތައް އަރުވާލަން ވެސް ދައްޗެވެ.

    ބޮޑު ހިޔާނާތް ޔާމީނުގެ މައްޗަށް ސާބިތުކޮށް ނުދެވޭ ކަމަށް އަނގަފުރާފައި ބުނާ މީހުން ބުނެ އުޅެއެވެ. ކަމެއް ސާބިތުވުމާ ނުވުމަކީ އެ ކަމެއް ނުހިނގުމެއް ނޫންކަން އެހެން ބުނާ މީހުންނަކަށް ނޭނގެއެވެ. ޔަގީނުން ވެސް އެނގޭކަމަކީ 65.01 މިލިޔަން ޑޮލަރުގެ ހިޔަނާތް ހިންގީ ޔާމީނު ސަރުކާރުން ކަމެވެ. ނުދެނެ ހުރީމޭ ބުނެ ކަމުން ރެކެވޭނީ އެ ކަމެއް އެ ސަރުކާރުގައި ނުހިނގާ ނަމަތާއެވެ.

    ޔާމީނު ދައުލަތުގެ މިލްކިއްޔާތުގައި އޮބި އަޅައި ނެތް ދިޔައަށް ދަންދެން ފެލާލިއެވެ. ހާލެއްގައި ޖެހިގެން ވެސް ފަހުން އަންނަ ބަޔަކު ކުއްޔަށްދީ ވިއްކާލަން ފަޅެއް ގިރިއެއް ފިނޮޅެއް ހާ ހިސާބު ވެސް ނުބާއްވައެވެ. ގައުމުގެ މުޅި މުސްތަގުބަލު ފެލާލައިގެން ފައިސާ އެއްކޮށް ކައި ހުސްކުރިއެވެ. އޭރު ރާއްޖޭގައި ކުރިއްޔާ ކުރިކަމެއް ކުރީ ބޮޑެތި ބިޔަ ލޯނުތައް ނަގައިގެނެވެ. ޔާމީނުގެ ވެރިކަމުގައި ގައުމު އެހާ ބޮޑު ދެރުމަކުން ދަރުވަލީ ދުނިޔޭގެ އިގްތިސާދުގައި ލޮޅުމެއްނެތް ފާގަތި ދުވަސް ވަރެއްގައެވެ. ރާއްޖޭގެ އިގްތިސާދު ނުލަހިކު ދުޅަހެޔޮކޮށް އޮއްވައެވެ. 

    ޔާމީނުގެ ވެރިކަމުގައި ޓޫރިޒަމަށް ފަޅުތަކާ ފަރުތަކާ ގިރިތައް ވިއްކިޔަސް ސަނީސައިޑްގެ ނަމުގައި 250 މިލިޔަން ޑޮލަރު ބޮންޑްގެ ގޮތުގައި ނަގާފައި އޮތެވެ. 250 މިލިޔަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑްގެ ދަރަނި ވެސް ވާރުތަވީ މި ސަރުކާރަށެވެ. ދައްކަން ޖެހުނީ މި ސަރުކާރަށެވެ. ދެއްކީ މި ސަރުކާރުންނެވެ.

    ދަރުމަވަންތަ ހޮސްޕިޓަލް އެޅީ 140 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ ދަރަންޏަކީ ވެސް ދަރަނި އަދާ ކުރުމަށް އެންމެ ލޯލާރިއެއް ވެސް ޔާމީނު ސަރުކާރުން ދެއްކި ދަރަންޏެއް ނޫނެވެ. އެ ދަރަނި އަދާ ކުރަމުން އެ ދަނީ މި ސަރުކާރުންނެވެ.

    ހިޔާ ފުލެޓު ވެސް ހަމަ އެހެންނެވެ. ހިޔާފްލެޓްގެ ލޯނާއި އިންޓަރެސްޓް ދައްކަން މިހާތަނަށް މި ސަރުކާރުން 2.9 ބިލިއަން ރުފިޔާ ހަރަދު ކޮށްފިއެވެ. އިންޓަރެސްޓާއި އެކު 7.58 ބިލިއަން ރުފިޔާ ދައްކަން އަދިވެސް އެބައޮތެވެ.

    އެމްއެމްޕީއާރުސީ ކާލާ، ބިލިޔަނުން ލޯނުނަގާ، އެތަން މިލިޔަނުގެ ބޮންޑް ދަރަނީގެ ގޮތުގައި އޮތީ އެކަންޏެއް ނޫނެވެ. ރައްޖޭގެ މަސްވެރިންނަށް ދަރާފައި އޮތް 35.9 މިލިއަން ރުފިޔާގެ ދަރަނި މި ސަރުކާރަށް ޔާމީނު ވާރުތަ ކޮށްދީފައި އޮތެވެ. މި ސަރުކާރުން ވަނީ މަސްވެރިންނަށް އޮތް އެ ދަރަނި ވެސް ހަލާސްކޮށް ނިންމާފައެވެ.

    ހަމަ ތެދެކެވެ. މި ސަރުކާރުން ލޯނު ނަގާ ވާހަކަ ދައްކާ ބަޔަކު ދައްކަނީ ގޮތެއް ފޮތެއް ނެތީމައެވެ. ވާނުވާ އެނގިތިބެ ފިތުނަ އުފައްދާށެވެ. އެނގޭ ހެއްޔެވެ. ޔާމީނު ގައުމު ދަވާލާ ދަރަނިވެރި ކުރުވާފަ އޮތްވަރުން ދަރަނި އަދާ ކުރަން ދަރަނި ނަގަން އޮތީ ޖައްސާފައެވެ. ރަންކޮޅާއެވެ. މި ސަރުކާރު އައީ ޔާމީނުގެ ދަރަނިތައް އަދާކޮށްދޭކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރާށެވެ. ވަޒީފާ ދީގެން ވިޔަސް ގިނަ ބަޔަކަށް އާމްދަނީ އިތުރު ވާނެހާ ގޮތްގޮތް ހޯދަ ދޭށެވެ. ރައްޔިތުންނަށް ފާގަތިކަން ހޯދަދޭށެވެ. ކުރީ ސަރުކާރުގެ ދަރަނިތައް އަދާ ކޮށްލަ ކޮށްލާ ތިބެ ދައުރު ނިންމަލާކަށް ނޫނެވެ.

    ]]>
    Fri, 11 Nov 2022 11:58:13 +0500 ހީރަސް
    ޖެނެރަލް ޝަމާލުގެ ތައުރީފް ފަޔަރ ފައިޓަރުންނަށް https://heerasnews.com/682 https://heerasnews.com/682 ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާ ރޭ މަލޭގައި ވަނީ ހިނގާފައެވެ. މާފަންނު ނިރުފެހި ގޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފައެވެ. އަލިފާނުގައި ފިހިގެން މަރުވެފައިވަނީ އިންޑިޔާގެ 8 މީހުނާއި ބަނގްލާދޭޝްގެ 2 މީހުނެވެ. 

    އަލިފާން ރޯވެފައިވާ ގޭގެތެރެއިން މީހުން ސަލާމަތްކުރުމާއި ފިހިގެން މަރުވެފައިވާ ހަށިތައް އަލިފާނުގެ ތެރެއިން ނެރުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ ކުޅަދާނަ ފަޔަރ ފައިޓަރުންނެވެ. ރޯވެފައިވާ އަލިފާންގަނޑުގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރުން ޖެހެލުން ކުޑަ ކަމާއެކު ދެއްކި ކެރުން ތެރިކަމަށް ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ތައުރީފް ކުރައްވައިފިއެވެ.

    ޖެނެރަލް ޝަމާލު ކުރެއްވި ޓްވީޓެއްގައި ފަޔަރ ފައިޓަރުންގެ ޖެހެލުން ކުޑަ ކެރުންތެރި ކަމަށް ތައުރީފް ކުރައްވަމުން ވިދާޅުވެފައިވަނީ އެ ކަމުން އެ ދައްކައި ދިނީ ފަޔަރ ފައިޓަރުންގެ ކެރުންތެރިކަމާއި ހިތްވަރު ގަދަކަން ކަމަށެވެ.

    https://twitter.com/CDFofMNDF

    ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުންނާއި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އާއްމު ރައްޔިތުން ދިން އެއްބާރު ލުމުގެ އަގު ވަޒަން ކުރައްވާ ކަމަށް ވެސް ޖެނަރަލް ޝަމާލު ވިދާޅުވެފައި ވެއެވެ.  

    ]]>
    Fri, 11 Nov 2022 01:35:35 +0500 ހީރަސް
    އެއްބާރުލުން ނުހޯދެންޏާ އަވަހަށް މުއިއްޒު އިސްތުފާދީ https://heerasnews.com/681 https://heerasnews.com/681

    ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ކަންކަން ބޮލުން ނައްޓަން މާލޭ ސިޓީ ކައުންސިލެއް ކަމަކު އުޅޭނެ ކަމެއް ނެތެވެ. ސިޓީ ކައުންސިލްގެ ޒިންމާއަކީ މޮނިޓަރކޮށް ކަމާ ބެހޭ އިދާރާތަކަށް އެންގުން އެކަނި ހެއްޔެވެ. ކަންކަން ހައްލު ކުރަން ސަރުކާރާއި ގުޅިގެން މަސައްކަތް ކުރުމަކީ ސިޓީ ކައުން ސިލްގެ ޒިންމާއެއް ނޫން ހެއްޔެވެ. ވެވެން އޮތްގޮތެއް ހޯދައިގެން މާލޭގެ މައްސަލަތައް ހައްލު ކުރުމަކީ އެހެން ކޮން ބައެއްގެ ކަމެއް ހެއްޔެވެ. ކަމެއް ދިމާވުމުން އެއްބާރުލުމެއް ނުދެޔޭ ބަޖެޓެއް ނެތޭ ކިޔާނެ ކަމެއް ނެތެވެ.

    މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު މޮނިޓަރކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކަށް މައްސަލަތައް ހުށަހަޅައިގެން އުޅޭ ވާހަކަ ބުނަންވީ މިހާރު ހެއްޔެވެ. ތިޔަ ދައްކަނީ ކޮވިޑްގެ ހާލަތުގައި ކުރި ސާރވޭއެއްގެ ވާހަކަ ނޫން ހެއްޔެވެ. މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތު އެނގި ތިބެ އެ ކަންކަން ހައްލު ކުރަން އެއްބާރުލުން ހޯދަން އުޅުމަކީ ތިމާމެންގެ މަސްއޫލިއްޔަތެއް ނޫން ހެއްޔެވެ. ހިތާވެރި ހާދިސާއެއް ހިނގުމުން ކަމުން ރެކި އަނެއް ބައެއްގެ ބޮލުގައި ކަންކަން އަޅުވައިގެން ރެކެން އެއްބަޔަކު ވެސް އުޅޭނެ ކަމެއް ނެތެވެ.

    މާލޭ ސިޓީ ކައުންސިލުން ތިޔަ ބުނާ ސާރވޭއެއް ހަދާފައި އޮވެދާނެއެވެ. ސާރވޭގެ މައުލޫމާތު ހިއްސާ ކޮށްފައި ވެސް އޮވެ ދާނެއެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ އެކަށީގެންވާ ޕްލޭނެއް ހަދާ ހައްލު ކުރެވެން ހުރި ކަންކަން ހައްލު ކުރުމަށް އެއްވެސް ފެންވަރެއްގައި މަސައްކަތްކޮށްފައި ސިޓީ ކައުންސިލުން ނެތް ކަމެވެ. ކިރިޔާ ކަމެއް ކުރި ނަމަވެސް މީޑިއާ ތަކުގެ ފަލަ ސުރުހީއަށް ނާރުވާ މުއިއްޒަށް ކެތެއް ނުވާނެއެވެ.  

    ސިޓީ ކައުންސިލުން ސަރުކާރާއި އެއްބާރުލުން ދޭ ނަމަ ސަރުކާރުގެ އެއް ބާރުލުން ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. ކަންކަން ކުރެވޭނެ ކޮންމެ ވެސް މަގެއް ފެންނާނެއެވެ. އެއްބާރުލުން ނުލިބޭއިރު މަހުން މަހަށް މުސާރަ ނަގައިގެން ކަންކަން ނުކުރެވޭ މަގާމު ތަކެއްގައި މާލެ ސިޓީ ކައުންސިލްގައި ތިޔަ ތިބެނީ ކީއްވެފައި ހެއްޔެވެ. އެއްބާރުލުން ހޯދޭވަރުގެ ބަޔަކަށް ޖާގަދޭން އަވަހަށް އިސްތުފާ ދޭށެވެ. ރައްޔިތުންނަށް ކޮންމެ ހާލެއް ޖެހުނަސް މާލެ ސިޓީ ކައުންސިލުން ވެސް ބޭނުން ވަނީ ސަރުކާރުން ކަންކަން ނުކުރެވޭ ކަން ދައްކާށެވެ. ސަރުކާރު ބަދުނާމު ކުރާށެވެ. ރައްޔިތުން ރުޅި އަރުވާށެވެ. ރައްޔިތުންނަށް ހިދުމަތެއް ކޮށްދޭކަށް ނޫނެވެ.

    ގަރާޖު ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލު ކުރުން ނޫން ހައްލެއް ސިޓީ ކައުންސިލަށް އޮތް ކަމަކަށް ނުވެއެވެ. މޭޔަރ މުއިއްޒު އަދިވެސް ބޭނުން ވަނީ ޔާމީނު ސަރުކާރުގެ ހުރިހާ ޕްލޭނެއް މި ސަރުކާރުން ތަންފީޒު ކުރުވާށެވެ. އެ ނޫން އެއްވެސް ގޮތެއް މުއިއްޒަށް އޮންނަ ކަމަކަށް ނުވެއެވެ. އެގެން ޖެހޭ ކަމަކީ މުއިއްޒަކީ މިހާރު ހައުސިންގ މިނިސްޓަރ ނޫންކަމެވެ.

    ވިލިމާލެ ބްރިޖުގެ މަސައްކަތަށް ވަގުތީ ގޮތުން އިންޑަސްޓްރިއަލް ވިލެޖު ބޭނުން ކުރިޔަ ނުދޭން ކުރެވެން އޮތް ހުރިހާ ކަމެއް މުއިއްޒު ކުރަން ބޭނުމެވެ. ވިލިމާލެ ބުރިޖަކީ މި ސަރުކާރުން އަޅާކަށް މުއިއްޒު ބޭނުންވާ ބުރިޖެއް ނޫނެވެ. އެހެން ވީމާ އިންޑަސްޓްރިއަލް ވިލެޖު ނޫން ތަނެއް ގަރާޖުތައް ބަދަލު ކުރާކަށް މުއިއްޒަކަށް ނުފެންނާނެއެވެ. ފެންނަ ކަމަކަށް ނުވެސް ހަދާނެއެވެ. ސަރުކާރުން ތަނެއް ދެއްކިޔަސް ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން އެ ކަމެއް މުއިއްޒު ނުކުރާނެއެވެ.

    ފަޅުމަތީ މަގުގައި ހުސްކޮށް ހުރި ބިންތަކާއި ވިލާ ގޭސްގެ ބިއްދަށުން އޮންނަ އާރްޑީސީގެ ބިން ނަގައި އާރްޑީސީ އަށް އެހެން ބިމެއް ދިނުމަށް ފަހު އެ ސަރަހައްދުގައި މާލޭގައި ހުރި ގަރާޖު ތަކާއި ވޯކްޝޮޕްތައް ބަދަލު ކުރުމުގެ މަސައްކަތް ފެށިއިރު އެ ތަންތަނާ މެދު ސަރުކާރުން ޕްލޭންކޮށްފައި އޮތީ ކޮންކަމެއް ކުރަންތޯ މުއިއްޒު ބަލައެއް ނުލައެވެ. އެ ވަރުގެ ބޮޑެތި ނިންމުން ނިންމާ އަމަލު ކުރަން ފަށާއިރު ސަރުކާރުގެ ވިސްނުން ހުރި ގޮތް ބަލާނުލާ މަޝްވަރާ ނުކޮށް ހިތުހުރި ގޮތަކަށް އެއްއިރަކު ވެސް އެއްތާކު އެއްބަޔަކަށް ވެސް ކަމެއް ނުރެވޭނެ ނޫން ހެއްޔެވެ. އެ ވަރުވެސް މުއިއްޒުމެން ބަލައެއް ނުލައެވެ. މަޝްވަރާކޮށް ހައްލެއް ނުހޯދައެވެ. ސިޓީ ކައުންސިލަކީ ވަކި ސަރުކާރެއް ކަހަލައެވެ. އެ މީހުން ހިތުން ސަރުކާރަކީ އެ މީހުން ނިންމާނެހާ ގޮތަކަށް ކަންކަން ނިންމުމުން އެ ކަމަކަށް ފެސިލިޓޭޓް ކޮށްދޭން ތިބި ބައެކެވެ. ދިމާވާ ކޮންމެ ދެރައެއް ގައިން ނައްޓާ އެހެން ފަރާތެއްގެ ބޮލަށް ކަނޑާލުމަކުން ސިޓީ ކައުންސިލަށް ވާޖިބު އަދާ ކުރެވޭ ކަމަކަށް ނުވާނެއެވެ.

    ]]>
    Thu, 10 Nov 2022 16:35:41 +0500 ހީރަސް
    ޝާހިދުގެ ހިޔަންޏަށްވެސް ޔާމީނަކަށް ނާދެވޭނެ! https://heerasnews.com/680 https://heerasnews.com/680 ރާއްޖެ ދުށް އެންމެ ބޮޑު ގައްދާރަކީ ކާމިނީގޭ ދޮން ސީދީގެ އަބްދުﷲ ޔާމީނު ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ވެރިކަން ކާމިޔާބު ވަންދެން ތިން ހަތަރު ފަހަރަށް އިންތިހާބު ބާތިލު ކުރުވައިގެން ގަދަކަމުން ވެރިކަން ހޯދި އެހެން މީހަކު ވެސް މިރާއްޖެ ނުދެކެއެވެ. 2013 ގައި ކޯޓުން ވެރިކަން ފޭރި ގަނެގެން ނޮވެންބަރ 11 ގައި ކުރަންޖެހޭ ހުވާ ކުރީވެސް އެއް ހަފްތާ ފަހުން ނޮވެންބަރ 17، 2013 ގައެވެ.

    ވެރިކަމަށް އެރިގޮތަށް އަރާ ފެށީ ގައުމު ދަވާލާށެވެ. ޓޫރިޒަމުގެ ނަމުގައި މިލިޔަން މިލިޔަނުން ޑޮލަރުނަގާ ފައިކޭޓަށް ކަހާލީ ރޯމާ ދުވާލުއެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ފަޅާ އަރުވާލި ބޭންކް މެނޭޖަރ ގާސިމު އަބްދުލްކަރީމު ބޭއްވީ ޖަލުގައި ޗޭނު ޖަހާފައެވެ. އެކަން ފާހަގަ ކުރި އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ގާނޫނަށް ގެނައި ބަދަލަކުން ފޮނުވާލީ ގެއަށެވެ. ތިމާގެ ޒާތާ ބާވަތާ އެނގޭ ބޮޑުރައްޓެހި މީހާ ނަމިރާ ނާޒިމް ވެސް ދިދަ ތަކެއް ބޮލުގައި އަޅުވާ 25 އަހަރަށް ފޮނުވާލީ ޖަލަށެވެ.

    ޔާމީނުގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުމުން ޖަވާބުދާރީ ކުރުވަން އުޅުނު ބައިނަލް އަގުވަމީ ދުނިޔެއާ ވެސް ރާއްޖޭން ގުޅުން ކަޑާލިއެވެ. ކޮމަންވެލްތުން ވަކިވެ ޔޫރަޕިއަން ޔުނިއަން ބޮއިކޮޓްކުރިއެވެ. ވެރިއެއްގެ އަނިޔާވެރިކަން މި ވަރުވީމާ ދިރިތިބީން ސަލާމަތުގެ މަގު ހޯދާނެއެވެ. ރާއްޖެ ތަހައްމަލު ކުރަމުން ދިޔަ އަނިޔާވެރި ކަމުގެ ވާހަކަ އިންޑިޔާގެ ޓީވީ ޗެނަލެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އޭރު ދެއްކެވިއެވެ. އެ ވާހަކަފުޅު މިހާރު ވެސް އެ އޮތީ ފެންނާށެވެ. އިންޑިއާ ސިފައިން ރާއްޖެ ނާރައިގެން ޝާހިދު ވާހަކަފުޅެއް ނުދައްކަވައެވެ. ވީޑިއޯ އެޑިޓް ކޮށްގެން ރައްޔިތުންނަށް އޮޅުވާލިޔަސް ބޮޑުވަރެވެ. މި އޮތީ އެ ޓެލެކާސްޓްކުރި އެންޑީޓީވީގެ އޮރިޖިނަލް ވީޑިއޯއެވެ.

    ރާއްޖޭގެ އޭރުގެ ހާލަތު ކައިރިން ދެކެވަޑައި ގަތުމަށް އިންޑިއާގެ މާންދޫބަކު ރާއްޖެ ވަޑައިގަންނަވަން ޖެހޭކަމަށް ޝާހިދު ވިދާޅުވުމަކީ އިންޑިއާ ސިފައިން ރާއްޖެ ހިފަން އަންނާށޭ ބުނުން ހެއްޔެވެ. އަބްދުﷲ ޝާހިދުގެ އިސްތަށިފުޅުގައި އެ ދޮގު އިލްޒާމު އަޅުވައިގެން ޔާމީނަކީ އަނިޔާ ވެރިއެއް ނޫން ކަމަށް ވާނެ ހެއްޔެވެ. ނުވާނެއެވެ. އޭރު ޝާހިދު ދެއްކެވީ ހައްގު ތެދު ވާހަކަފުޅެކެވެ.  

    އަނިޔާވެރި ކަމުން ޔާމީނު ނުކުރަނީ ކީއް ހެއްޔެވެ. ވެރިކަމަށް ފާޑުކީ ނޫސްވެރިންނާ ނޫސްތައް މިލިޔަނުން ކުރީ ޖުރުމަނާއެވެ. އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފައިގެން އިހުތިޖާޖަށް ނިކުތްހާ ބަޔަކު ތަޅާ ރޯނާ ގެންނެވީއެވެ. ހީވާގި ކަމާއެކު ވެރިކަން ނަގަހައްޓާ ދޭން ރެޔާއި ދުވާލު މަސައްކަތްކުރި ދިފާއީ ވަޒީރު ކާނަލް ނާޒިމަށް ރައްޔިތުންގެ ރުހުން ލިބޭހެން ހީވެގެން ފިސްތޯލަ އަކުން ފްރޭމްކޮށް ބޭއްވީ އުލު ބައިންދާފައެވެ.

    މޭޑޭ މުޒާހަރާއަށް ނިކުތްހާ މީހުންގެ ލޭ ކޮށާލާ އަބްދުﷲ ރަޝީދުގެ ފުރާނަ ދުއްވާލިއެވެ. މޭޑޭގެ ބައިވެރިން ތެރެއިން ފިލާ ރައްކާ ވެވުނު ބަޔަކު ފިލާ ރައްކާ ވިޔަސް ޝައިޚް އިމްރާނާއި އެ ނޫން އެތައް ބަޔަކު ކުޑަގޮޅިގައި އުނަގަޑުން ވާގި ނައްތަލާފައި ބޭއްވިއެވެ. ލިބޭލެއް މަދުވެ އަލާނުކެނޑިގެން ރަށްތައް ވިއްކަމުން ބައި އަޅަމުން ދިޔަ ހާލިދު ބުނު ވަލީދުގެ ލަގަބުދިން އަދީބު ގައިގާ އޮޅުއަޅާލީ ފިނިފެންމާ ލޯންޗް ގޮއްވާލި ޗަރު ކޭހުގައެވެ. ކުރިހާ ވައްކަމާ ހިޔާނަތް އަދީބުގެ ބޮލަށް ކަޑާލީ އެންމެން މޮޔައިންނަށް ހިތުން ހަދާފައެވެ.

    ރައްޔިތުންގެ މަޖިލީހަށް ސިފައިން ވައްދާ އިއްޒަތްތެރި މެންބަރުން ފާރުމަތިން އުކާލިއެވެ. ހާލަތުއްޒުރޫރާގެ ދަށަށް މަޖިލިސް ވައްޓާލާ މަޖިލިހަކީ ޔާމީނުގެ ތިލަފިހިގެ އަކަށް ބަދަލު ކޮށްލިއެވެ. ފާފު އަތޮޅު ވިއްކާލުމުގެ ބޭނުމުގައި ސުއޫދީ ޕްރިންސްގެ އަޅަކަށްވެ ގަތަރާއި އެކު އޮތް ޒަމާންވީ ސިޔާސީ ގުޅުން ކަނޑާލިއެވެ.

    ފެނުނު ހުވަފެނަކާ ގުޅިގެން މާމިގިލީ ގާޒީ ނިހާނާއި ޕީޖީ މުޖުތާޒް ގެ ޒަމާން ދުއްވާލީ ހައްޔަރުގެ އަމުރެއް ނެރޭކަމަށް ހީކޮށެވެ. ރާއްޖޭގެ ކަންކަން ފާލުން ނައްޓާ އަނިޔާވެރިކަން ހައްދު ފަހަނައަޅާ ދިޔުމުން ބޭއިންސާފުން ހައްޔަރުގައި ތިބި މީހުން ދޫކުރުމަށް ސްޕްރީމްކޯޓުގެ އަމުރެއް ނެރުމުން ޔާމީނު ހީވީ މޮޔަ ވެފައި އޮތް ވަލު ސިންގާއެއް ހެންނެވެ. ގައިރު ގާނޫނީ އަމުރުތައް ހިންގަން ފަސްޖެހުނުހާ ޕޮލިސް ކޮމިޝަނަރުން ގެއަށް ފޮނުވާލިއެވެ.

    ސްޕްރީމްކޯޓުން ޓިނު ނަގާ ފަނޑިޔާރުން ބަޑު ބިންމަތީ ޖައްސާ ބުރިން ހަންނެގީއެވެ. އުއްތަމަ ފަޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީހަމީދު މުޅި ހަޔާތް ބަރުބާދު ކޮށްލިއެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ ޒިންދަގީ ދުއްވާލިއެވެ.

    ނެތް ކުއްލި ހާލަތެއް އިއުލާނުކޮށް ސްޕްރީމް ކޯޓުގެ ބާރު ކަނޑުވަލާ ގޮނޑި ކޮއްކޮ އަކަށް ހަދާލިއެވެ. ސިޔާސީ ހުރިހާ ވާދަވެރިން އެކި ކަހަލަ ތުހުމަތުގައި ފަޓާސް ބަރިއެއްހެން ގޮއްވާލިއެވެ. ގާސިމް އިބުރާހީމާއި އޭނާގެ ދަރިފުޅު ގެ ޒަމާން ދުއްވާލާ ވަސް ފުހެލަން ނުކުރާ ކަމެއް ނެތެވެ. ކާންދީ ގެންގުޅެ ބަރާއި އާރު ހޯދައިދިން އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫނު އުމުރުން 80 އަހަރު ވެފައި ވަނިކޮށް ޖަލަށްލާ ވޭން ދެނިވި އަނިޔާ ދިނެވެ. މިކިޔާލެވުނީ ކުޑަ މިންވަރެކެވެ. މަތިމަތިންނެވެ. 

    ]]>
    Thu, 10 Nov 2022 02:01:16 +0500 ހީރަސް
    އާބަދީގެ ދެބައިކުޅަ އެއްބައި ވަރަށް އަވަހަށް މަރުވެދާނެ https://heerasnews.com/673 https://heerasnews.com/673

    މޫސުމަށް އަންނަ ބަދަލާ ގުޅިގެން ރާއްޖޭގެ ރަށްތައް ކަނޑުއަޑިއަށް ގެނބުމުގެކުރިން ރާއްޖޭގެ އާބަދީގެ ދެބައިކުޅަ އެއްބައި 2100 ވަނަ އަހަރުގެ ކުރިން މަރުވެގެން ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެ ޑރ. މުހައްމަދު އަލީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. ޑރ. މުހައްމަދު އަލީ މި ކަންބޮޑުވުން ފާޅުކުރެއްވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ޑަބްލިއުއެޗްއޯ ގުޅިގެން ހިންގި ސްޓެޕް- ސަރވޭއަކަށް ބުރަވެ ވަޑައިގެންނެވެ.  

    ޑރ. މުހައްމަދު އަލީ ފަހަގަކުރައްވާ ގޮތުގައި:- 

    https://twitter.com/Moxamedalu

    • ރާއްޖޭގެ ކޮންމެ 4 މީހުންކުރެ އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެކެވެ.
    • ދުންފަތުގެ އިސްތިއުމާލުކުރާ އެންމެ ޅައުމުރަކީ އުމުރުން އެންމެ 8 އަހަރެވެ.
    • ކޮންމެ 20 މީހަކުން އެކަކު އުމުރުން އެއް ފަހަރު ނަމަވެސް ރަލުގެ ކޮންމެވެސް ބާވަތެއް ބޭނުން ކުރެއެވެ. 
    • ދެބައިކުޅަ އެއްބައި މީހުން ދުވަހުގެ ކެއުމުގައި ތަރުކަރީއާއި މޭވާ ބޭނުމެއް ނުކުރެއެވެ.
    • ކޮންމެ ތިން މީހަކުން އެކަކު ކެއުމުގައި އެކަށީގެންވާ ވަރަށްވުރެ ގިނައިން ލޮނު ބޭނުން ކުރެއެވެ.
    • ކޮންމެ ތިންމީހަކުން އެކެއްގެ ކޮލަސްޓްރޯލް މައްޗެވެ.
    • ފަންސާސް އިންސައްތަ މީހުން ޑަބްލިޔުއެޗްއޯ ގަބޫލުކުރާ އެންމެ ކުޑަ މިންވަރުގެ ކަސްރަތެއް ނުކުރެއެވެ.
    • ފަންސާސް އިންސައްތަ މީހުން ހުންނަން ޖެހޭ ވަރަށް ވުރެ ހަށިގަނޑުގެ ބުރަދަން މައްޗެވެ.
    • ކޮންމެ ފަސްމީހަކުން އެކަކު ލޮކިމަސްޖަހާ ހެލިފެލިވެ އުޅެން ދަތިވާ ވަރަށް ފަލައެވެ.
    • ކޮންމެ ހަތަރު މީހަކުން އެކަކި ލޭ މައްޗަށް ދެއެވެ.
    • %14 ދިވެހީން ހަކުރު މައަޗެވެ.
    • 18 - 44 އަހަރުގެ ކޮންމެ 3 މީހުންކުރެ އެކަކީ ހިތުގެ ބައްޔާ ގުޅުން ހުރި ތިންކަމެއް ނުވަތަ އެއަށްވުރެ ގިނަކަންކަން ހުރި މީހުނެވެ.
    • 45 - 65 އަހަރުގެ %50 މީހުނަށް ހާރްޓް އެޓޭކާއި ސްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވާ ގިނަކަންކަން ފެންނަން އެބަ ހުއްޓެވެ.

    ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލީގެ ހިރާސްތައް ހުރި މިންވަރު ދެނެ ގަތުމަށް 2020 ވަނަ އަހަރުން ފެށިގެން 2021 ނިޔަލަށް ކުރެވުނު ދިރާސާއިން ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ނުރައްކަލަށް ވެއްޓެމުން ދާކަން ފާހަގަ ކުރެވުނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުން ކުރިއަށް ގެންދިޔަ މި ދިރާސާއިން ވަނީ ކަންބޮޑުވާ އެތައް ކަމެއް ހާމަވެފައެވެ. ދުޅަހެޔޮކަމާއި ގުޅޭ ނުރައްކާތެރި އެތައް ކަމެއް މި ދިރާސާއިން ހާމަ ވެފައި ވާއިރު އާދަ ކާދައާއި ގުޅިފައިވާ ނުރައްކާތެރި އެތައް ކަމެއް ވެސް ވަނީ ހާމަވެފައެވެ. އަޅަ ނުލާ ކަންފަސޭހަ ކޮށްލައިގެން ތިބެވޭ ވަރަށް ވުރެ ރާއްޖޭގެ ސިއްހީ ހާލަތު ހައްސާސް ވެފައި ނުރައްކަލެވެ.

    ]]>
    Wed, 09 Nov 2022 19:22:53 +0500 ހީރަސް
    ހެޔޮވެރިކަން: ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރ ހުޅުވުން https://heerasnews.com/672 https://heerasnews.com/672 ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ހެޔޮކަން މިހުރެ ދަނީ ފެންނަމުންނެވެ. ވަޒީފާގެ މަހައުލުގައި މުއައްޒަފުން އުޅޭ އިރު މުއައްޒަފުންގެ ތުއްތު ދަރިފުޅުގެ ހަބަރެއް ބަލާނުލެވި ހާސްކަމުގެ ތެރޭގައި ވަޒީފާ އަދާކުރަމުން ދިޔަ މުއައްޒަފުންގެ ހާސްކަން ފިލުވައިދީ މަސައްކަތުގެ މާހައުލަކީ އުޅޭ ހިތުން އުޅޭ ތަނަކަށް ކޮންމެ މުއައްޒަފަކަށް ވެސް ހަދާ ދިނުމަކީ ހެޔޮވެރި ކަމުގެ އެއް ބައެވެ.

    މުއައްޒަފުން ވަޒީފާ އަދަކުރާ މާހައުލުގައި އެ މުއައްޒަފުންގެ ތުއްތު ދަރިފުޅަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށް ދެއްވުމަކީ ރައީސްގެ ދުރު ވިސްނުން ފުޅުން ހިއްޕަވާފައިވާ އަމާޒެކެވެ. 

    ރައީސްގެ އެ އަމާޒު ހާސިލް ކޮށްދެއްވުމުގައި ސްޓެލްކޯ މިއަދު ކުރި ހޯދައިފިއެވެ. ސަރުކާރުގެ ކުންފުންޏެއްގައި ފުރަތަމަ ޗައިލްޑް ކެއަރ ސެންޓަރެއް ގާއިމު ކުރުމުގެ ޝަރަފު މިއަދު ސްޓެލްކޯއިން ހޯދައިފިއެވެ. ސްޓެލްކޯގެ މި އިސްނެގުމަކީ ދައުލަތާއި ސަރުކާރާއި އަމިއްލަ ހުރިހާ ފަރާތަކަށް ފެނިގެން ދިޔަ ނަމޫނާއެކެވެ. ސްޓެލްކޯގެ މެނޭޖްމަންޓްއިން ސްޓެލްކޯގެ މުވައްޒަފުންނަށް މަސައްކަތު ގަޑީގައި މުވައްޒަފުންގެ ދަރިން ތިބޭނެ ރައްކާތެރި، އިތުބާރު ކުރާ މާހައުލެއް ހޯދާދީފިއެވެ. 

    ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރ ހުޅުވައިދެއްވީ ސްޓެލްކޯގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހީމް މުހައްމަދު ދީދީއެވެ. 

    ސްޓެލްކޯއަކީ ހިދުމަތްތެރި ރައްކާތެރި މާހައުލަކަށް ހެދުމަށް މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ރެއާއި ދުވަލު ކުރައްވާ މަސައްކަތްޕުޅު ތަކުގެ ނަތީޖާ މި ދަނީ ފެންނަ މުންނެވެ. ޗައިލްޑް ކެއަރ ސެންޓަރު ހުޅުވުމަށް ފަހު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުން ވެސް އެކަން އިތުރަށް ސާބިތު ވެގެން ދެއެވެ.

    އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި ޗައިލްޑް ކެއަރ ސެންޓަރއަކީ ސަރުކާރުން މުވައްޒަފުންނަށް ދެއްވި ހަދިޔާއެކެވެ. އެ ހަދިޔާ ބަލައިގަންނަކަން މުވައްޒަފުން ދައްކަން ވާނީ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުން ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ. ރައްޔިތުންނަށް މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތް ދިނުމަށް މުވައްޒަފުންގެ ކިބައިން ޝަރީފް އެދި ވަޑައިގަތެވެ.

    • ޗައިލްޑް ކެއަރ ސެންޓަރުގައި ިހދުމަތްދެވޭ އުމުރުފުރާ: 5 އަހަރާއި 10 އަހަރާއި ދެމެދު
    • ހުޅުވިފައި ހުންނަ ގަޑި: ސަރުކާރުގެ ރަސްމީ މަސައްކަތް ކުރާ ދުވަސްތަކުގެ ހެނދުނު 8:15 އިން  ހަވީރު 4:00އަށް. 

    ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުގައި ހިދުމަތް ހޯދާ ކުދިން ބެލެހެއްޓުމުގައި ތިބެނީ ކަމަށް ގާބިލް، ކުދިން ގެންގުޅުމުގެ ހުނަރު ހުރި މުވައްޒަފުންނެވެ. ކުދިންގެ އުމުރާއި ގުޅޭ ތަފާތު ގިނަ މަޖާ ހަރަކާތްތަކާއި، ކުޅިވަރުގެ ތެރެއިން އުނގެނުމަށް ސްޓެލްކޯ ޗައިލްޑް ކެއަރ ސެންޓަރުން އިސްކަން ދޭނެއެވެ. 

    ]]>
    Wed, 09 Nov 2022 16:36:49 +0500 ހީރަސް
    ހެޔޮވެރިކަން: ކުރެންދޫ ބޭރު ތޮށިލުން މި މަހު ނިމޭނެ! https://heerasnews.com/671 https://heerasnews.com/671 ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބްރޭކް ވޯޓަރ (ބޭރުތޮށި) ލުމުގެ މަސައްކަތް މިމަހު ނިމޭނެއެވެ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ ޖުލައި މަހުއެވެ. މި މަސައްކަތުގައި ފުރަތަމަ ކުރިއަށް ގެންދަނީ ބޭރުތޮށި ލުމުގެ މަސައްކަތެވެ. އެމަސައްކަތުގެ 86 އިންސައްކަތް މިހާރު ނިމިއްޖެއެވެ.  
    ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 361 މީޓަރުގެ ބޭރު ތޮއްޓެއް ލާނެއެވެ. ތޮށިލަނީ އެ ރަށް އެންމެ ބޮޑަށް ގިރާ ހުޅަނގު ފަރާތުގައެވެ. އެއާއި އެކު މި މަޝްރޫއުގެ ދަށުން 822 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވެސް ޖަހައެވެ.

    ކުރެންދޫ ރަށްގިރުމުގެ މައްސަލައަށް ހައްލުގެނައުމުގެ މަސައްކަތް ސަރުކާރުން ފެށީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރެންދޫއަށް ކުރެވި ދަތުރު ފުޅަކަށް ފަހުގައެވެ. އެ ދަތުރުފުޅުގައި ރައްޔިތުން ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މޫސުންގޯސްވެ އުދަ އަރާ ދުވަސްތަކުގައި ރަށަށް ރާޅު އަރާ ގެއްލުންތަކެއް ކުރިމަތިވުމާއި ގޮނޑުދޮށް ގިރަމުން ދިއުމުގެ ކަންބޮޑުވުމެވެ. ރައީސް ސާލިހުގެ އޯގާތެރި ސަރުކާރުން ކުރެވޭ ހެޔޮވެރި ކަމުގައި އެކަމަށް ހައްލު ގެނައުމުގެ މަސައްކަތް އޭގެ މަހެއްހާދުވަސް ފަހުން ފެށިއެވެ. 

    ހުސްވި އަހަރު ކުރެންދުއަށް އުދަ އެރުމުގެ ސަބަބުން ފުޓްބޯޅަ ދަނޑަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެކަން ހައްލު ކުރުމަށް އެ ރަށު ބޮޑު ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުގައި ވެސް ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަ ޖެހިފައެވެ. އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް މިހާރު ވަނީ ގެންގޮސްފައއެވެ. މިމަހު އިތުރު ހިލަ އަންނާނެއެވެ. 

    މިނިސްޓްރީއޮފް ނޭޝަަނަލް ޕްލޭނިގްއިން މިމަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. ކުރެންދޫގައި ކުރެވޭ މި މަސައްކަތަކީ 44.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

    ]]>
    Wed, 09 Nov 2022 15:36:42 +0500 ހީރަސް
    ޗާގޯސްފިތުނަ: އަނދާހުލިވަނީ ޔާމީނު https://heerasnews.com/670 https://heerasnews.com/670 އޮނަރަބަލް ޝާހިދު ވިދާޅުވީ ތެދުފުޅެކެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏަކަށް ވުރެ ދެރައެއް ނޫނެވެ. ނުމެކެއެވެ. ނުމެދިޔައެވެ. 2019ގައި ޗާގޯސްގެ ސިޔާދަތު އޮތީ މޮރިސަހަށޭ ބުނެ ރާއްޖޭން ވޯޓް ނުދީގެން ޕީޕީއެމުން ހީވީ މޮޔަ ގެރިއަށް ރަތްކުލަ ފެނިގެން އުޅުނު ހެންނެވެ. ދިވެހި ސަރުކާރުން އިސްތިއުމާރު ކުރަން ތާއީދު ކުރާ ކަމަށް ހަދައިގެން ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދާތީ އުޅުނު ހެންނެވެ. ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭކަމަށް ސަރުކާރަށް ގޮވާލާ ބަޔާން ވެސް ނެރުނެވެ.

    ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސްއަށް ކަމަށް ޕީޕީއެމުން ކުރިއްސުރެ ތިބީ ގަބޫލު ކޮށްގެންނެވެ. 2019 ގައި މޮރިޝަސްއާއި ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމުން އެކަން ކުށްވެރި ކުރީ އެހެން ވެގެންނެވެ. އެހެން ނަމަވެސް ޕީޕީއެމް މިހާރު ކޮޅު ބަދަލު ކޮށްފިއެވެ. މިހާރަކު ޗާގޯހަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނަކަށް ޕީޕީއެމަކަށް ނުވެއެވެ. ޗާގޯސްއާއި ބެހޭ ގޮތުން މި ސަރުކާރުގެ ނިންމުންތައް އޮޅާލާ ޖަހާނެކަމަށް ޔާމީނު ބުނީ އެހެން ވެތާއެވެ. އޮޅާލާފައި ޖަހަން ހަވާލުކުރަން ގޭ ސޮރު ރުބެލް ވެސް މިހާރަކު ނެތެވެ. އެކަމަކު ފިނިފެން މަލެއް ފަދަ ސައީދުމެން އެކަމަކަށް ގޯހެއް ނުވާނެއެވެ.

    ސަމަސާއެއް ނޫނެވެ. ޗާގޯސްގެ ސިޔާދަތީ ބާރާގުޅޭ ވޯޓެއް ދޭން ޖެހިއްޖެނަ ދިވެހިސަރުކާރުން ދެން ވޯޓުދޭން ގަސްދުކުރަނީ މޮރިޝަސްއާއި އެއްކޮޅަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވުމުން ވައިގަދަ ދުވަހެއްގައި އަރުވާފައި އޮތް ރާރާގުޑިއެކޭ ޕީޕީއެމެކޭ ތަފާތެއް ނެތެވެ. އެބުނާ ވޯޓެއް އަދި ދިނީއެއް ވެސް ނޫނެވެ. ވޯޓެއް ދޭނެ ވާހަކަ ބުނާއިރަށް ކުއްލިއަކަށް ޕީޕީއެމްގެ ކޮޅު ބަދަލު ކޮށްފިއެވެ.

    ޕީޕީއެމްއަކީ އެއްވެސް ސާބިތުކަމެއް ހަމައެއް ލަމައެއްގައި ތިބި ބަޔަކީ ނޫނީތާއެވެ. ޔަގީނުންވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނަކަށް ޕީޕީއެމުން މިހާރަކު ގަބޫލެއް ނުކުރެއެވެ. ޕީޕީއެމްގެ ސްޓޭންޑް ބަދަލު ވެއްޖެއެވެ. ޕީޕީއެމުން ބަޔާން ނެރެ 2019 ގައި ކުރިން ބުނި އެތި ކެންސަލް ކުރީ ކޮން އަސާސެއްގެ މައްޗަށް ކަމެއް ރައްޔިތުންނަށް ބުނެއެއް ނުދެއެވެ. 2019 ގައި ބަޔާން ނެރެ ސަރުކާރުން ރައްޔިތުންގެ ކިބައިން މާފަށް އެދޭވަރުގެ ކުށެއް ކޮށްގެން އެކަން ކުށްވެރި ކޮށްފައި މިހާރު ކިޔާ ލަވަ ބަދަލު ކޮށްލި އިރު ޕީޕީއެމުން މީހަކަށް ދޮންކަޅު އަންގާ ނުލައެވެ.  ތޮށަލިތަކުރާ ޖެހުނު ވިގަންޏެކޭ ޕީޕީއެމެކޭ ތަފާތެއް ހަމަ ނެތެވެ.

    ޕީޕީއެމާއި ޔާމީނު ދައްކާ ވާހަކައިގައި އެއްވެސް އިހުލާސްތެރި ކަމެއް ނެތް ކަން ރައްޔިތުންނަށް ވަރަށް ސާފެވެ. އދ ގައި މޮރިޝަސްގެ ސަރުކާރުން ޗާގޯސް ގެ ސިޔާދަތީ ބާރު ހޯދަން ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. ނަތީޖާއެއް ގޮތުން ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށާއި ޗާގޯސްގެ އަސްލު ވަޒަން ވެރިން އެ ތަނަށް ގެނައުމުގެ މައްސަލައިގެ ގަރާރެއް 2017ގައި މޮރިޝަސްއިން ހުށަހެޅިއެވެ. އެ ގަރާރަށް ރާއްޖެއިން ދިނީ ނުފެންނަ ކަމުގެ ވޯޓެވެ. އެކަމަކު 95 ގައުމުން ތާއީދު ކޮށްގެން އެ ގަރާރު އޮތީ ފާސް ކޮށްފައެވެ. ރާއްޖެއިން އެ ގަރާރާ ދެކޮޅު ހެދިހެން ދިވެހި ދައުލަތުން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހިންގަން ބޭނުން ނަމަ އެކަމާ އުޅުމަށް 2017ގައި އެންމެ ފަހުގެ ފުރުސަތު ލިބުނީ ޔާމީނަށެވެ. ނަމަވެސް އެ ގަރާރާ އިދިކޮޅަށް ވޯޓުލުމަށް ފަހު ކޯޓަށް ދިޔުމުގެ ބަދަލުގައި އޭރުގެ ދިވެހި ސަރުކާރުން އޮތީ ހަނެވެ. ޔާމީނު އޮތީ ނިދާށެވެ. ފޯޅަވައްސެއް މަސްވެރިންނެއް ސިޔާދަތެއް އޭރަކު ޔާމީނަކަށް ނެތެވެ.

    މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވާހެން ޔާމީން އެ ދައްކާ ވާހަކައަކީ ހިތުގެ އަޑިން ދައްކާ ވާހަކައެއް ނަމަ އެ ފުރުސަތު ނަގައެއް ނުލާނެއެވެ. އެ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ރާއްޖެއިން ދިޔައިހެވެ. އެތަނުގާ ހިނގަމުން ދިޔަ ޗާގޯސް މައްސަލައަށް ތަދައްހުލު ވާނެއެވެ. އެ ފުރުސަތު ރާއްޖެ އަށް އޭރު އޮތެވެ. އެކަމަކު ޔާމީނު އެކަމެއް ނުކުރެއެވެ. ހަމަ ތެދެކެވެ. ޗާގޯސް ފިތުނައިގަ ވެސް އަނދާ ހުލިވަނީ ޔާމީނެވެ.

    ]]>
    Wed, 09 Nov 2022 12:25:37 +0500 ހީރަސް
    މަލީހުގެ ތަފާލުގައި ދަނޑިން ތެޅުން https://heerasnews.com/669 https://heerasnews.com/669 ވަޒީރު ކަމެއް ލިބޭތޯ ރުނބާ މުށިގަނޑަކުން ބާލަން ޖެހުނަސް މިއުޅޭ މަލީހަކު ބާލާނެއެވެ. ވެރިކަމަށް އަތުވެދާނެހެން ހީވާ މީހާގެ ފައި ދޮންނި ފެން ބޯން ވިޔަސް މަލީހު ބޯނެއެވެ. ވަޒީރު ކަމައިގެން ބަނޑު ކެނޑިފައި އެ ހުންނަނީ މާވަރަކަށެވެ.

    ތިމާގެ ގައިގާ ފެންވަރެއް ނެތި ސައިޒަށް ވުރެ ބޮޑެތި ބޫޓަށް އަރަން ހަދައިގެން ކޮންމެ ފަހަރަކު އަނގަ ވަތަށް ވެއްޓި މުޅި މީހާ ނަޖިސް ވެއެވެ. އިސާހިތަކު ކަނޑު ހިނގާ އައިނުން ބާކީވެ ފުޅަނތްގަށް ވާވަރު ވެސް މި ފަކީރަކަށް ނުވެއެވެ. އިހުޒަމާނުގައި ގަސް ގަސް ދޮށުގައި އުކުނު ނަގަން ތިބޭ ރަނޑާލި އަންހެނުންނަށް ވުރެ ރަނބަގިރުން މި މަލީހަކު ބޮޑެވެ.

    2015 ވަނަ އަހަރު ރާއްޖޭގެ ވެރިކަމުގައި ޕީޕީއެމް އޮތް އިރު އެތާނގައި ލާނުހިފައިގެން އެ މީހުނަށް ނުގޮވާކަ ކުނި ފުޅައެއް ނެތެވެ. ޔާމީނަށް ވުރެ ބޮޑު ވަގެއް ވެސް އޭރަކު މަލީހަކަށް ނެތެވެ. ޔާމީނަށް ވުރެ އަނިޔާވެރި މީހަކު ދުނިޔެ ދުށް ކަމަކަށް މަލީހަކަށް ނުވެއެވެ. ޔާމީނަށް ވުރެ ގައުމަށް ބޮޑު ގައްދާރަކު ވެސް އޭނާ އަކަށް ނެތެވެ.

    ޕީޕީއެމުން ވަކިވަމުން މި ކަލޭގެ ބުނެފަ އޮތީ ދިވެހި ބިން ފަރަންޖީންނަށް ވިއްކާ މިލްކު ކުރޭވޭ ގޮތަށް ޕިޕީއެމް އިސްވެ އޮވެ ގާނޫނު އަސާސީ އިސްލާހު ކުރުމުން އެޕާޓީ ދޫކޮށްލި ވާހަކައެވެ. ދިވެހި ރާއްޖެ ސޭލްގައި އޮތް ކަމަށް ސިފަކޮށް ޓެގްކޮށް ކުރި ޓްވީޓް އަދިވެސް އެ އޮތީއެވެ.

    އެ ދުވަހު ސަހަރޯއޭ ހިތައް އެރިއެވެ. ދުވަހަކު ޕީޕީކޮޅަށް ބޯނުލާނެ ކަމަށް އޭރު ގިނަ ބަޔަކު ހީކުރިއެވެ. އެކަމަކަު ނިކަން ދެކެ ބަލާށެވެ. ހަމަ އެ ޕީޕީއެމެވެ. އެ ޔާމީނެވެ. މަލީހު އެ ހުރީ އަނެއްކާ އޭގެ ތެރެއަށް ބޯ މަހާލައިގެންނެވެ. މި ފަހަރު ދުއްވާލާނީ ކިހާވަރަކުން ބާއެވެ.

    2018 ގައި އިބޫ ސޯލިހުގައިގައި ތަތްލާފާ އިން އައްޓަ މަހެކޭ މަލީހެކޭ ތަފާތެއް ނެތެވެ. ޔާމީނަށް ކުނި ފުޅަ ހަޔާތް ގޮވަމުން އިބޫ އެރިހާ ރަށަކަށް އަރައިގެން ކަރު ފަޅައިގެން ދާވަރަށް މަލީހު ހަޅޭލީ އިރު ހީވީ އިބޫ ހުރީ އުމަރުގެފާނަށް ވުރެ ވެސް ކުރީގައި ހެންނެވެ. ތައުރީފު ކުރި ކުރީނުން އަމިއްލައަށް މުރުތައްދު ނުވެ ދަނީ ކިރިޔަ ކިރިޔާއެވެ. އޭރަކު މަލީހަކަށް އިބޫ ވަރެއް ނެތެވެ.

    މަލީހަށް ވަޒީރުކަން އޮތްހާ ދުވަހު އިބޫ ސަރުކާރު ހަލީފާ ހާރޫނު ރަޝީދުގެ ހުލާފަތަށް ވުރެ މާ ފުރިހަމަވެފައި އޭނާއަށް މޮޅެވެ. ޖާހިލުކަމުން ވާޖިބު އަދާ ނުކުރެވިގެން ސަރުކާރުން ބޭރު ކޮށްލުމުން ރައީސް ސޯލިހު މަގާމަށް ކުފޫ ހަމަވާ ކަމަކަށް ނުވިއެވެ. ފެހި ޖަހާފައި އޮތް ހިލަގަޑަކަށް އޮތް ވަރުގެ ހުރުމަތެއް ވެސް ރައީސަށް އޮތްކަމަކަށް ނުވިއެވެ.

    ރައީސް ސާލިހަށް ތާއިދު ކުރާހާ ބަޔަކީ މަލީހަށް މިއަދު މޮޔައިންނަށް ވެއްޖެއެވެ. މަލީހަށް އެއްކަލަ އަނިޔާވެރި ވަގު ޔާމީނު އަބޫބަކުރުގެފާނަށް ވެއްޖެއެވެ. ބޮލު ރޮދި ކެނޑިފައި ތިބި މީހުން އުޅެއެވެ. އެކަމަކު މަލީހު ވަރުގެ ބޮލު ރޮދި ކެނޑިފައި ހުރި މުނާފިގެއް މަށަކު ނުދެކެމެވެ. އަދިވެސް މަލީހަށް ޔާމީނު ގުއިވެގެން ތަފާލުގައި ދަނޑިން ތަޅާތަން ލަހައްޓަވާ ތިބި ބަޔަކު ދެކޭނެއެވެ. 

    ]]>
    Tue, 08 Nov 2022 19:44:38 +0500 ހީރަސް
    ސްޓެލްކޯ އިން އުޖާލާ ދިރިއުޅުން https://heerasnews.com/668 https://heerasnews.com/668 ސްޓެލްކޯ ސޭލްސް ސެންޓަރުން މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) ގެ "އުޖާލާ ދިރިއުޅުން" ފެސިލިޓީ މެދުވެރިކޮށް މުދާ ގަނެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. 

    ސްޓެލްކޯ ސޭލްސް ސެންޓަރުން ވިއްކާ ކަރަންޓު ވައިރުކުރުމަށް ބޭނުންވާ ސާމާނާއި އިލެޓްރިކްސިޓީއާއި ގުޅޭ ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް ސްކީމުގެ ދަށުން މިހާރު ލިބެން ހުންނާނެއެވެ. އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ސްކީމަކީ ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް މުދާ ނެގޭ ސްކީމެކެވެ.

    "އުޖާލާ ދިރިއުޅުން" ސްކީމުގެ ދަށުން 400،000 ރުފިޔާގެ ނެގޭނެއެވެ. އެމްއައިބީ ގަބޫލުކުރާ ތަނެއްގައި ވަޒީފާ އަދާކުރާ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ހަ މަސް ދުވަސްވާންދެން އުޖާލާ ދިރިއުޅުމުގެ ސްކީމުގެ ފައިސާ ބޭނުން ކުރެވޭނެއެވެ. 

    އެހެން ސްކީމްތަކާ ހިލާފަށް، "އުޖާލާ ދިރިއުޅުން" ސްކީމުގެ ދަށުން 18 މަހާއި 48 މަހާ ދެމެދުގެ މުއްދަތެއްގެ ތެރެއިން މުއްދަތެއް ފައިސާދެއްކުމަށް ހިޔާރުކުރެވެއެވެ. އެ ސްކީމްގައި ބޭންކަށް ހުށަހަޅަން ޖެހެނީ ކޯޓޭޝަން އެކަންޏެވެ. ކޯޓޭޝަން ބޭންކަށް ހުށަހެޅުމުން އެ ދުވަހުން އެ ދުވަހަށް ސްކީމުގެ ތެރެއިން މުދާ ލިބޭނެ އެވެ.

    ]]>
    Tue, 08 Nov 2022 17:06:19 +0500 ހީރަސް
    ޔާމީނު ވެސް އުޅެނީ އައްޑޫ ފަނާކޮށްލަން https://heerasnews.com/667 https://heerasnews.com/667 އައްޑޫ ޕޮލިސް އެކަޑަމީ ނަގާ އެތާނގައި ރޭސިންގ ޓްރެކެއް އަޅާދޭނެ ކަމަށް ބުނެ އައްޑޫ ރައްޔިތުންނަށް ޔާމީނު ބޮޑުވެގެންވާ ފުރައްސާރައެއް ކޮށްފިއެވެ. ރިޔާސީ ކެންޕޭނުގައި ރަށްރަށުގައި ދައްކަމުން ދަނީ އެ މީހުނަށް ކަމެއް ކޮށްދޭން ވާ ވައުދެއް ނޫންކަން މި ކަމުން ކިތަންމެ ރަނގަޅަކަށް ވެސް އެގެއެވެ. 

    ހެޔޮ ނިޔަތުގައި ރޭސިންގ ޓްރެކެއް އައްޑޫ ޒުވާނުންނަށް އަޅައިދޭން އުޅޭ މީހަކު އެ ވާހަކަ ދައްކާނީ އެހެނެއް ނޫނެވެ. އައްޑޫގައި ބިނާ ކޮށްފައި ހުރި އަގުބޮޑު ބިނާއެއް ބިމާ ހަމަކޮށްލާނެ ވާހަކައެއް އިހުލާސްތެރިކަމެއް ހުރި ނަމަ ނުބުނީހެވެ.

    ކުރީ ފަހަރު އެރި ގޮތަށް އަރާ ދިމާކުރީ ކޮންވެންޝަން ސެންޓަރ ބިމާ ހަމަ ކުރާށެވެ. ނަސީބަކުން ހޮސްޕިޓަލެއްގެ ގޮތުގައި ނަމަވެސް އެ ބިނާ ބިމާ ހަމަނުވެ ސަލާތް ކުރެއްވުމަށް އިރާދަ ކުރެއްވިއެވެ. މި ފަހަރު ދިމާ ކޮށްލަން ރާވައިގެން އެ ހުރީ ޕޮލިސް ޓްރޭނިންގ އެކަޑަމީ ވުޖޫދުން ފުހެލުމަށެވެ. އެ ގޯސް ހައްދަން އޭނާ ވިސްނައިގެން މި ފަހަރު އެ ހުރީ އައްޑޫ މީހުން ލައްވައެވެ. ހަމަ ހިލާ އެ މީހުން އެކަމެއް ނުކުރާނެއެވެ.

    ޕޮލިސް އެކަޑަމީ ބިމާ ހަމަ ނުކޮށް ރޭސިންގ ޓްރެކެއް އައްޑޫގައި އަޅާ ނުދެވޭ ވަރުގެ މީހަކު ނިކުމެ އައްޑޫ މީހުން ބެބޫ ހައްދަން ނޫޅޭށެވެ. ނަފްރަތު އުފައްދާ ބިނާތައް ހަމަ ބިމާ ހަމަ ކުރަން ހީލަތްތެރި ފަލީތާ ލައިގެން ހުޅު ރޯކުރަން ނޫޅޭށެވެ. ރަށްފުށު މީހަކު ރާއްޖޭގެ ވެރިކަމުގައި ހުރެ ރަށްފުށު މީހުން ދުވަހަކު ހީނުކުރާ ވަރަށް އަސާސީ ހިދުމަތްތައް ގާއިމުކޮށް ދޭތީ ކޮށި އަރައިގެން ތެޅި ބާލާ މީހުން އެބަ ފެނޭ ނޫން ހެއްޔެވެ.

    އިންޑިއާއޭ އާދަމުގެފާނޭ ފަޅޮލޭ ކިޔައިގެން އައްޑޫގައި ހުރިއްޔާ ހުރި ބިނާއެއް ބިމާ ހަމަކުރަން ނޫޅޭށެވެ. އިގިރޭސީން އައްޑޫގައި ހެދިހާ ބިނާތައް ވެސް ހީލަތްތެރި ކަމާއެކު ފަނާކޮށް ނިންމާލީ މި ބައިގަޑެވެ. އައްޑޫގައި ރަނގަޅު ފެންވަރެއްގެ އިމާރާތެއް ހުއްޓަސް ސީދީންގެ ދަރިންނަކަށް ލޮލު ފިޔައެއް ނުޖެހޭނެއެވެ. އައްޑޫއާއި އަތޮޅު ތަކުގެ މީހުން ހަމަ ޖެހިލައިގެން އުޅޭތަން ދެކޭކަށް އެ މީހުންނަކަށް ކުޅަދާނައެއް ނުވާނެއެވެ. ޔާމީނު އެ އުޅެނީ އައްޑޫ އިހުނަށް ވުރެ ވެސް ބިކަ ކޮށްލާށެވެ. ހަގީގަތުގައި ޔާމީނު ވެސް އުޅެނީ އައްޑޫ ފަނާކޮށްލާށެވެ.

    ]]>
    Tue, 08 Nov 2022 01:26:54 +0500 ހީރަސް
    ރީތި ޗަރުކޭހެއް އައްޑޫން ޔާމީނަށް ދައްކާލާނެ! https://heerasnews.com/666 https://heerasnews.com/666 ކުކުޅަކީ އެންމެ ބިހެއް އެޅޭ އިރަށް ވަރަކަށް ހޭރޭ އެއްޗެކެވެ. އަމްދުން އައު ކުކުޅަކަށް ގައު ބިހެއް އެޅުނަސް ލައްކަ ގޮވާނެތާއެވެ. ހިޔަ ދޮޅިއްސަ އެޅުނަސް ވެލައެއް ކުކުރާ ނުލައެވެ.

    ޔާމީނަށް މި އުޅެނީ އައު ކުކުޅަކަށް ގައުބިހެއް އެޅިގެން އުޅޭ ގޮތް ވެގެނެވެ. މި ވީހާތައް ދުވަހު ޔާމީނަށް އައްޑޫ ފަންސާހަކަށް މީހުން ވެސް މަރުހަބާ ކިޔާލަން ދިއީއެއް ނޫނެވެ. މި ފަހަރު ދެތިން ސަތޭކައެއްހާ މީހުން އައްޑޫން ޔާމީނަށް މަރުހަބާ ކިޔަން ދިއުމުން އެ އުޅެނީ ދަތްމައްޗަށް ތުން ނާރައިގެނެވެ.

    ރަންކޮޅާއެވެ. ތިޔަ އުޅެވެނީ އަދި ހުވަފެނެއްގައެވެ. ސިޔާސީ ގޮތުން އައްޑޫ މީހުން ތިބީ ތަސައްރަފު ފުދިފައެވެ. އައްޑޫ ސިޓީ ބީވެގެން ދިޔަ ބަޔަކާ ނުދާ ބައެއް ނިންމަން ޔާމީނޫ އަދި މާ އަވަހެވެ. ކަނު ހަސަނަށް އަމާ ދެއްކިހެން ޔާމީނަށް އައްޑޫ ފެނި ތިޔަ ހުރީ ރައީސް އޮފީހުގައޭ ހީވަނީ ހެއްޔެވެ. އެމްޑީޕީގެ ރައީސޭ ތިޔަ ބުނީ އެމްޑީޕީގެ އިސްލީޑަރޭ ބުނަން ނުކެރިގެން ކަން އެނގެއެވެ.

    އިއްޒަތްތެރި މެންބަރ ނިހާދު ވިދާޅުވާހެން ތިޔަ ހުރީ އައްޑުއަށް ދެވުނު މޮޔަ ހިތައް އަރާފައި ނޫން ހެއްޔެވެ. އައްޑޫގައި މި ސަރުކާރުން ހިންގާ މަޝްރޫއުތައް ފެނި ސޮނިވެއްޓި ދެމިއަ ކަނުން ޗޯ ފައިބަ ފައިބާ ނޫން ހެއްޔެވެ. ގަންނާ ކުރެއްވި ލަދުން ކިޔާނޭ އެއްޗެއް ނޭނގިގެން ތިޔަ ދެއްކީކީ ކުޑަ ކުއްޖަކު ވެސް ގަބޫލު ކުރާނެ ޒާތުގެ ވާހަކައެއް ނޫނެވެ.

    2018 ގައި އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީ ބޭއްވިޔަ ނުދީ ފުލުހުން ފޮނުވައިގެން ވޯޓި ފޮށިތައް ވަގަން ނެގުވީ ތިޔަ ދޮގުވެރިޔާއެވެ. ބާލިދީއާއި އުވަގަށާ މެޝިނަށް ވޯޓު އަޅައިގެން ވެސް އެމްޑީޕީ ފަހުލަވާނުން އިންތިހާބު ބާއްވާނެއެވެ. ތިޔަ ކަހަލަ ޖައްބާރު ވެރިން ދައްކާހާ ބިރަކަށް އެ މީހުން ނުސިހޭނެއެވެ. އެމްޑީޕީގެ އިންތިހާބެއްގައި ވޯޓު ނުގުނިގެން ފުލުހުން ގެންނާކަށް އެމްޑީޕީއަކަށް ނުޖެހޭނެއެވެ.

    ތިމަންނާ ފުލުހުން ފޮނުވީ ވޯޓުގުނާ ދޭށޭ ބުނެ އަނގަފުޅާ ކުރީމާ އެ ވާހަކަ ގޭ ސޮރު ރުބޭލު ވެސް ގަބޫލު ނުކުރާނެއެވެ. ޔާމީނު އެ ދުވަހު ދިން އަނިޔާ ތަހައްމަލު އެންމެ ބޮޑަށް ކުރި އެއް ބަޔަކީ އައްޑޫ ރައްޔިތުންނެވެ. މިއަދު ނިކުމެ އައްޑޫ ރައްޔިތުންނަށާއި އަނިޔާ ލިބުނު އެންމެންނަށް ތިޔަ ކުރީ ފުރައްސާރައެވެ. މަޖަލެއް ނޫނެވެ. އަދި ޖޯކެއްވެސް ނޫނެވެ. ކަރުދާހުގައި ނަން އޮތިއްޔާ ރީތި ޗަރުކޭހެއް އައްޑޫން ޔާމީނަށް ދައްކާލާނެއެވެ.

    ]]>
    Mon, 07 Nov 2022 23:49:30 +0500 ހީރަސް
    ޔާމީނު ކޮންވެންޝަން ސެންޓަރ އުވާލީ އައްޑުއަށް ޓޫރިޒަމް އަޔަނުދޭން https://heerasnews.com/665 https://heerasnews.com/665 ކިތަންމެ ޒަމާނެކެވެ. އެ މީހުނަށް ވާނުވާ އެނގެއެވެ. މި އަދަކު ސިޔާސީ ވެރިން ފަހާ އެ މީހުނެއް ނުދުވާނެއެވެ. ސިޔާސީ ބައިސާ ކަނޑަން އަންނަ މީހުން ޖައްސާ ވައްތަރު ބަލަން އެ މީހުން އެ ކަހަލަ ކޮންމެ އެއްވުމަކަށް އެއްވާނެއެވެ. ސިޔާސީ މީހުން ރައްޔިތުން ބޮލަށް ޖެހި ޗިޕް އެ މީހުން މިހާރު އެ ޖަހަނީ ޔާމީނު ކަހަލަ ޗިޕުންގެ ބޮލަށެވެ.

    ޔާމީނު ހިތުން މިހާރު މުޅި އައްޑޫ އޮތީ ޔާމީނުގެ ފައި ދަށުގައެވެ. އައްޑޫ އެންމެން ތިބީ ޔާމީނު އަރުވާ ޅޮސް އުނދޯއްޔަށް އަރާ ހެއްލާށެވެ. ބަލަ ޔާމީނޫއެވެ. އައްޑޫ މީހުން ތިބީ ނިކަން ރަނގަޅަށް ހޭލައެވެ. ޔާމީނުގެ ވެރިކަމުގައި ކަންކަން ކުރާ ނަމުގައި އައްޑޫގައި ކަންތައް ތަކެއް ފެށިކަން އެ މީހުންގެ ހަދާނުގައި އެ ބަހުއްޓެވެ. އޭގެން އެންމެ ކަމެއް ވެސް ކޮށް ނިންމާ ނުދެވުނުކަން ދެނެތިބީ ވެސް އެ މީހުނެވެ.

    ހަދަން ފެށި ބަނދަރުތައް އޮތީ ހާވާލާފައެވެ. ނިންމަން ޖެހުނީ މި ސަރުކާރަށް ކަން އެ މީހުން ހަނދާން އެބަ ހުއްޓެވެ. ނަމެއްގައި ފެނާ ނަރުދަމާގެ މަސްރޫއު ވެސް ފެށިން ނުންހެއްޔެވެ. އެކަން ކުރީ މި ސަރުކާރުންކަން އެ މީހުންނަކަށް ނޯޅެއެވެ. އަލަށް ހޮސްޕިޓަލެއް އަޅާނުދީ ކޮންވެންޝަން ސެންޓަރ ހަލާކޮށްލާ ހޮސްޕިޓަލަކަށް ހަދަން އުޅެ އެ ކަމެއް ވެސް ނުކޮށް ދެވުނު ނޫން ހެއްޔެވެ. އެންމެ ފަހުން އެ ހޮސްޕިޓަލް ވެސް ނިންމަން ޖެހުނީ މި ސަރުކާރަށެވެ.

    ޔާމީނު ބޭނުންވީ ކޮންވެންޝަން ސެންޓަރު ވުޖޫދުން ފުހެލާށެވެ. ގަނބާ ވާހަކައާއި އޭތި މީތި ކިޔައިގެން އެތަން ބިމާ ހަމަ ކުރާށެވެ. އެހެން ނަމަވެސް އެހެން ހަދައިފިނަމަ ކުރިމަތި ވެދާނެ ކަމަކަށް ބިރުން އެތަން ހޮސްޕިޓަލަކަށް ހަދަން ނިންމީއެވެ. އަލަށް ހޮސްޕިޓަލެއް އަޅާނުދީ ކޮންވެންޝަން ސެންޓަރ ހަލާކޮށްލާ ހޮސްޕިޓަލަކަށް ހަދަން އެތަނަށް ބޮޑެތި ބަދަލުތައް ގެނައީއެވެ. އެހެން ނަމަވެސް ހޮސްޕިޓަލަކަށް ވެސް ވެރިކަމުގައި ހުރެ އެތަން ބަދަލުކޮށް ނުލެވުނު ނޫން ހެއްޔެވެ. އެންމެ ފަހުން އެ ހޮސްޕިޓަލް ވެސް ނިންމަން ޖެހުނީ މި ސަރުކާރަށެވެ.

    ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ބަދަލުކުރީ ކީއްވެކަން އައްޑޫ މީހުނަށް އެނގެއެވެ. ގުދުރަތީ ގޮތުން އައްޑޫ އޮތް ގޮތުން އައްޑޫގައި ކޮންވެންޝަން ސެންޓަރެއް ހުރުމަކީ ދުނިޔެއަށް އައްޑޫ ހުޅުވިގެން ދާނެ އެންމެ ފަސޭހަ ގޮތެވެ. އިންޓަނޭޝަނަލް ކޮންވެންޝަންތައް ބޭއްވުމަށް ދުނިޔޭގެ ކަންކޮޅު ތަކުން އައްޑުއަށް މީހުން އައުމަށް ހުޅުވުނު ދޮރަކީ ކޮންވެންޝަން ސެންޓަރެވެ.

    ސަރކް ސަމިޓުން ފެށީވެސް އެހެން ވެގެނެވެ. އެކަމަކު އައްޑޫ ތަރައްގީ ވުމަކީ ޔާމީނަށް ވެސް ހަޖަމުވާނެ ކަމެއް ނޫނެވެ. އައްޑޫ މީހުންނަކީ ތުބުން ވެއްޓޭ ބަތްފުށް ކާންދީފައި ބައިތިއްބަން ޖެހޭ ބައެއް ކަމަށް ޔާމީނު އަބަދުވެސް ދެކެއެވެ.

    ހަމަތެދެކެވެ. ކޮންވެންޝަން ސެންޓަރ ހޮސްޕިޓަލަކަށް ހަދަން އުޅުނީ އައްޑޫ ޓޫރިޒަމަށް ހުޅުވިގެން ދިޔަ ނުދޭން ކަން އައްޑޫ މީހުންނަކަށް ނޯޅެއެވެ. ކޮންވެންޝަން ސެންޓަރު އެ ގޮތުގައި ހިންގިޔަ ނުދިނީ ވެސް ޔާމީނު ނޫން ހެއްޔެވެ. އެކަމުގެ ނަފާ އައްޑޫ މީހުނަށް ލިބެން ނޭދޭތީ ނޫން ހެއްޔެވެ. އައްޑޫގައި އަޅަން އޮތްހާ ފުލެޓް ވަހީދު ވެރިކަމުގައި ހުޅުމާލެއަށް ބަދަލު ކުރުވީ ވެސް ޔާމީނު ނޫން ހެއްޔެވެ. ޔާމީނު އޭތި މީތި ކިޔައިގެން އެ ހުރިހާ ކަމެއް ހުއްޓުވީ އައްޑޫ ރައްޔިތުން ގަންހިންގަން ކަން އޮޅިގެން އުޅޭ މީހަކު ނެތެވެ.

    ]]>
    Mon, 07 Nov 2022 16:32:43 +0500 ހީރަސް
    ހެޔޮވެރިކަން: ދަރަވަންދޫ ހިމާޔަތް ކުރުމަށް ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް https://heerasnews.com/664 https://heerasnews.com/664 ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކުރެވޭ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 51 އިންސައްތަ މަސައްކަތް މިހާރު ނިމިއްޖެއެވެ. ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓެއް ވެސް އެ ރަށަށް މިހާރު ގެންގޮސްފިއެވެ.

    ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 490 މީޓަރުގެ 7 ބްރޭކްވޯޓާާއި 96 މީޓާރުގެ ރިވެޓްމެންޓު ޖަހާނެއެވެ. އަދި ރަށުގެ އުތުރުފަރާތު ގޮނޑުދޮށް ވެލިން މުއްސަދި ކުރުމުގެ މަސައްކަތް ކުރާނެއެވެ.

    ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީ އިންނެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މަޝްރޫ އަކީ 22.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

    ]]>
    Mon, 07 Nov 2022 13:59:49 +0500 ހީރަސް
    ވެރިކަން ނެތި ޔާމީނު މިލިއަނުން ފައިސާ ހޯދުން! https://heerasnews.com/663 https://heerasnews.com/663 ވިޔަފާރި ވެރިން އަތުން މިލިއަނުން ފައިސާ ލިބޭ ވާހަކައާއި އެ ފައިސާދޭ މީހުން ބުނަން ނުޖެހޭނެކަމަށް ދާދި ފަހުން ނޫސްވެރިން ކުރިމަތީ ޔާމީނު ހާމަ ކުރީ ޖެހިލުމެއް ނެތި މޫނަށް ރުލެއްވެސް އަރުވާ ނުލައެވެ. 

    ވެރިކަން ނެތި، ހުކުމެއްގެ ކުރިމަތީ ޖަލުގޮޅީގެ އަނގަމަތީ ހުރެ މިހާރު ޔާމީން ފައިސާ އެއް ކުރަމުން އެދަނީ އަދި މާމޮޅު ޗަރުކޭހެއް ދައްކައިގެން ނެވެ. 

    ރޭވެ އަލި ވިލުނު އިރު ކައުންސިލް މެމްބަރުން ސެނެޓަރުންނަށް ބަދަލުކޮށް ޔާމީނަކީ ރިޔާސީ ކެންޑިޑޭޓަށް އަމިއްލައަށް ވެގަތީ އެކަމުން ނެގޭނެ ގިނަ ފައިސާ އޭނާއަށް ފެންނާތީ އެވެ. 

    ތިމަންނަ އަކަށް ހުކުމެއް ނުކުރެވޭނެއޭ، ދެން ބާކީ އޮތީއެއް އަހަރޭ ސަރުކާރާ ދުރަށް ޖެހި ތިމަންނައާ ގާތްވާށޭ، ވެރިކަމަށް އަންނަ ގޮތަށް އެވެނި މިވެނި ކަންކަން ކޮށް ދޭނަމޭ ޔާމީނު ބުނީމާ ގަބޫލު ނުކުރާނީ ކިތައް ވިޔަފާރި ވެރިން ހެއްޔެވެ؟ 

    ވިޔަފާރި ވެރިން ކުރާނީ ވިޔަފާރިއެވެ. ޔާމީނު އެބުނާ ގޮތަށް ކެމްޕޭނަށް މިލިއަނުން ފައިސާ ދިނުމަށް ފަހު ވެރިކަމަށް އައިސް އޭގެ ބަދަލުގައި ބޮޑު ބިމެއް، ފަޅެއް، ރަށެއް ލިބުނީމާ އެމީހުންނަށް އެއީ 1000 ޕަސެންޓް ފައިދާވާ ވިޔަފާރިއެކެވެ. ރައްޔިތުންނަށްދޭ ހިދުމަތާ ކަރަންޓާ ފެނާ ނަރުދަމާއާއި މަގާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލަކީ ތިމާގެ ޖީބަށް އެއްޗެއް ނުލެވެންޏާ އެއްވެސް އެއްޗެއް ނޫނެވެ. އެކަން ބަރާބަރަށް ޔާމީނަށް އެނގެއެވެ. 

    ރޮއެ ހޭރިގެން ގެއަށް ބަދަލުވެ އެއްބަސް ވެފައިވާ ގޮތާއި  ހިލާފަށް ކުޑަދޮރުން ދިދަ ހޫރުވައިގެން ފެށި ގޮތް ގިނަ މީހުން ހަނދާން ހުންނާނެއެވެ. ކިރިޔާ އިސްކޮޅު ޖެހި އަތަށް ފޯނުލިބި މީހުންނަށް ގުޅެން ފެށިތާ ގިނަ ދުވަހެއް ނުވެ، ހިސާބު ދެ އަކުރެއް ލިޔެފަ އޮތް ގޮތުގެ އޮޅުމަކުން ސުޕްރީމް ކޯޓުން މީހާ އެ ހުރީ ހުދު ފޮތި ކޮޅަކަށް ހަދާފައެވެ. 

    މިހާރު ރިޔާސީ ކެންޑިޑޭޓަކަށް ވެގެން ވިޔަފާރި ވެރިން އަތުން ކެމްޕޭނަށޭ ބުނެ ފައިސާ ޖަމާ ކުރަމުން އެހެރަ ދައްކާ ޗަރުކޭހުގެ މޮޅުކަން ދެކިބަލާށެވެ. 

    އެއްގޮތަކުން ވިއްޔާ އެންމެ ރަނގަޅު ގޮތަކީ މުޅި ނިޒާމް ކިހިއްޔަށް ޖަހާ ވަތަކުތޯ ޝޮޓަކުން ޔާމީނު ވެރިކަމަށް އައުމެވެ. އޭރުން ބާކީ ތިބި އެންމެންނާ، ކޯލިޝަން ލީޑަރުން ކުޑަގޮޅީގައި ވެރިކަން ކުރަން ތިބެދާނެއެވެ.

    ]]>
    Mon, 07 Nov 2022 12:58:11 +0500 ހީރަސް
    ހެޔޮވެރިކަން: ފޮއްދޫގެ ފެނާ ނަރުދަމާ ނިޒާމް ޑިސެމްބަރު މަހު ނިމޭނެ https://heerasnews.com/662 https://heerasnews.com/662 ނ. ފޮއްދޫގައި ސަރުކާރުން ގާއިމުކުރާ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް އަންނަ ޑިސެމްބަރު ނިންމާ ލެވޭނެއެވެ. އެރަށު ގެ ފެނާއި ނަރުދަމާ ނިޒާމުގެ ބޮޑެތި ހުރިހާ މަސައްކަތެއް މިހާރުވަނީ ނިމިފައެވެ.

    ފެން އުފެއްދުމަށް ބަހައްޓާ ޕްލާންޓްތައް މިިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. ފެން އުފެއްދުމަށް ހަދާ ޕްލާންޓް ހައުސްގެ 95 އިންސައްތައް މަސައްކަތް ނިމިއްޖެއެވެ. ފެނާ ނަރުދަމާގެ މައިހޮޅި ވެސް ވަނީ އަޅާ ނިންމާލާފައެވެ. ގެތަކަށް ފެނުގެ ކަނެކްޝަންތައް ވަނީ ވައްދާ ފައެވެ. ފެންމީޓަރު ހަރުކުރުމުގެ މަސައްކަތް މި މަހު ފެށޭނެއެވެ.

    ވާރޭ ފެން ނެގުމަށް އަޅާ ހޮޅިލައިންގެ މަސައްކަތުގެ 47 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މިހާރު ކުރަމުން ދަނީ ފެން ރައްކާކުރުމަށް ބަހައްޓާ ތާނގީތައް ރޭވުމުގެ މަސައްކަތާއި ޕްލާންޓްތައް އިސްޓޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތެވެ. ހަމައެއާއި އެކު ނަރުދަމާ ނިޒާމުގެ ޕަންޕް ސްޓޭޝަންތައް ގާއިމުކުރުމުގެ މަސައްކަތާއި ނަރުދަމާ ކަނެކްޝަން ގެތަކަށް ގުޅުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. ނަރުދަމާ ކަނެޝަން ގުޅުމުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. 

    އާބާދީ ކުޑަ ބޮޑުމިނެއް ބެލުމެއް ނެތި މި ސަރުކާރުން ކުރިއަށް ގެންދާ ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން 450 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫގެ ފެނާ ނަރުދަމާގެ މަސައްކަތް ކުރަމުން ގެންދަނީ އެމް.ޑަބްލިޔު.އެސް.ސީ އިންނެވެ. 

    ފޮއްދޫގައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުރެވޭ ކަންކަމުގެ ތެރޭގައި އެ ރަށުގައި 4.76 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމުކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ. 

    ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ފޮއްދޫގައި 3.89 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމްކުރުމާއި، 454 މީޓަރގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް އިމްކުރުން ހިމެނެއެވެ. ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެއެވެ. 

    ]]>
    Sun, 06 Nov 2022 23:46:13 +0500 ހީރަސް
    ހެޔޮވެރިކަން: އަލިފުށީ އެއަރޕޯޓްގެ މަސައްކަތް ފެށުން https://heerasnews.com/661 https://heerasnews.com/661 މި އަހަރުގެ އޮގަސްޓް މަހު ބިން ހިއްކުމުގެ މަސައްކަތް ފެށި ރ. އަލިފުށީ އެއަރޕޯޓްގެ އަމަލީ މަސައްކަތް މިހާރު ފަށައިފިއެވެ. ފުރަތަމަ ފަށާފައި ވަނީ އެއަރޕޯޓްގެ އަލިފާން ނިއްވާ އިމާރާތުގެ މަސައްކަތެވެ. އަލިފުށިން ހިއްކާ 50 ހެކްޓަރު ބިމުގެ %80 ބޭނުންކުރާނީ އެއަރޕޯޓަށެވެ. އަނެއް 10 ހެކްޓަރު ބޭނުން ކުރާނީ ބޯހިޔާވަހިކަމާއި، ރަށުގައި އިގްތިސާދީ މަސައްކަތަކަށް ބިން ދޫކުރުމަށެވެ. ބިން ހިކުމުގެ މަސައްކަތް ނިމެމުންދާވަރަކަށް، އެއަރޕޯޓްގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. 

    އަލިފުށީ ބިންހިއްކުމާއި، އެއަރޕޯޓްގެ މަސައްކަތް މޯލްޑިވްސް ޓްރަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

    އަލިފުށީގައި އެއަރޕޯޓު ޕްރޮޖެކްޓަކީ 2 އަހަރު ދުވަހުން ނިންމާ ގޮތަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ސަރުކާރުން ހިންގާ ޕްރޮޖެކްޓެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 451.6 މިލިއަން ރުފިޔާއަށެވެ.

    އަލިފުށީ އެއަރޕޯޓް މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ ފަށާފައި މި ވަނީ އަލިފާން ނިއްވާ އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކެވެ. މިހާރު ކުރިއަށްދަނީ ފަޔަރ ޕޮންޑުގެ ޝަޓަރިންގ އާއި ބާ ބެންޑިންގ މަސައްކަތްތަކެވެ. ޕްރޮޖެކްޓްގައި ދެން ކުރިއަށް އޮތީ ރަންވޭއެއް އެޅުމާއި ޓެކްސީވޭއާއި އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމުގެ އިތުރަށް ޓަރމިނަލް ބިލްޑިންގެ މަސައްކަތެވެ. އަލިފުށީ އެއަރޕޯޓްގެ ރަންވޭގެ ދިގު މިނަކީ 1200 މީޓަރެވެ. 

    ]]>
    Sun, 06 Nov 2022 23:03:01 +0500 ހީރަސް
    ޔާމީނަށް މަރުހަބާ ނުކިޔާ ކޮންމެ މީހަކަށް ކުޑަގޮޅި https://heerasnews.com/660 https://heerasnews.com/660

    ވަޒީފާ އަދާ ކުރާ މުއައްޒަފުން އެމީހުންގެ މަސައްކަތް ހުއްޓާލާފައި ޔާމީނަށް މަރުހަބާ ކިޔަން ދާންޖެހޭ ހެއްޔެވެ. އަމްދުން ސަރުކާރުގެ މުއައްޒަފުން ނިކުމެ މަރުހަބާ ކިޔަން ޖެހޭނީ ޔާމީނަކީ ރައީސުލްޖުމްހޫރިއްޔާ ނަމަތާއެވެ. ސިޔާސީ ޕާޓީއެއްގެ ވެރިއަކު ރަށަށް އަރާ އިރަށް އެ މީހަކަށް މަރުހަބާ ކިޔަން ދާންޖެހޭ ނަމަ މުއައްޒަފުން ވަޒީފާ އަދާ ކުރާނީ ކޮން ގަޑިއަކު ހެއްޔެވެ.

    ޔާމީނު އައްޑުއަށް ދިޔަސް އެހެން ތާކަށް ދިޔަސް ޔަމީނަށްޓަކައި ދަތުރު ފަތުރުގެ ނިޒާމުގައި ދުއްވާހާ ބަހަކާ ލޯންޗަކާއި ޔާމީނަށް މަރުހަބާ ކިޔަން މީހުން އުފުލައިދޭން ހުސްވާން ޖެހެނީ ކޮން ހަމައަކުން ހެއްޔެވެ. ޝެޑިއުލް ދަތުރުތައް ހުއްޓާލާ އެ ދަތުރަށްޓަކައި ސަރުކާރުގެ ހުރިހާ އުޅަނދެއް ހާއްސަ ކުރަން ޖެހުނަސް ޖެހޭނީ، ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅެއް ނަމަތާއެވެ. ޔާމީނަކީ މިހާރަކު ރާއްޖޭގެ ރައީސެއް ނޫނެވެ.

    ޔާމީނަށް މަރުހަބާ ކިޔަން މީހުން އުފުލަން އުޅަނދު ފަހަރު ހޯދައިގެން މީހުން އުފުލުމަކަށް ހުރަހެއް ނެތެވެ. ވާދަވެރި ސިޔާސީ މަސައްކަތް ކުރުމަށް އެ ވަގުތަކަށް ވެދެއްވެން އޮތް އެހީއެއް މި ސަރުކާރުން ވެދޭނެއެވެ. އެއަށްވުރެ މި ސަރުކާރުގެ ވެރިންގެ ހަން ސިޔާސީ ގޮތުން ބޯވާނެއެވެ. މަރުހަބާ ކިޔަން ދާމީހުން މަދުވެދާނެ ކަމަށް ހީކޮށް މީހުނަށް ނުދެވުނީ ސަރުކާރުން ހުރަސް އަޅައިގެންނޭ ކިޔަން މޮޅެތި ސްޓަންޓް ނުޖަހާށެވެ. ތިޔައިއްޔަކީ ބަޔަކު އަލަކަށް ކުޅޭ ކުޅިއެއް ނޫނެވެ.

    ޔާމީނު ރަށް ރަށަށް މިހާރު ކުރަމުން ދާ ދަތުރު ތަކުގައި ބަލާ ލިސްޓު ކުރަމުން ދަނީ ޔާމީނަށް މަރުހަބާ ކިޔަން ނުނިކުންނަ މީހުންނެވެ. ހާއްސަކޮށް ޕީޕީއެމްގެ އެންމެ މީހަކު ވެސް ޔާމީނަށް މަރުހަބާ ކިޔަން ނުނިކުމެ ހުރެއްޖެއްޔާ އެދެން ކަމާ ޖެހުނީއެވެ. ޔާމީނު އަތުގައި އޮންނަ ގައްދާރުންގެ ލިސްޓަށް އެ މީހަކު އެރީއެވެ. އެ ލިސްޓަށް އަރައިފި މީހެއްގެ ވަންހަ ދިލަކޮޅުގެ ޒަމާން އެ ހިސާބުން އެ ދިޔައީއެވެ. ޕާޓީގެ ތެރެއިން ލިބޭ އެއްވެސް ފުރުސަތެއް އެ މީހެއްގެ މުޅި ވަންހަޔަށް ހަރަންވީއެވެ. ވެރިކަމަށް އައުމަށް ފަހު ފްރޭމްކޮށްގެން ވިޔަސް އެ މީހެއްގެ މުޅި ޒިންދަގީ ދުއްވާލަން ޖައްސާނީ ކުޑަ ގޮޅީގައެވެ. ދަރިއެއް އަމައެއް ބަފައެއް ނުބަލާނެއެވެ. އާނއެކެވެ. ޔާމީނަށް މަރުހަބާ ކިޔަން ނުނިކުންނަ ކޮންމެ މީހަކު ނިމިދާނީ ކުޑަ ގޮޅީގައެވެ.  

    ]]>
    Sun, 06 Nov 2022 14:53:56 +0500 ހީރަސް
    އިންތިހާބަށް ހުރަސްއެޅި ކަމަށް ޔާމީނު އެއްބަސް ވެއްޖެ https://heerasnews.com/659 https://heerasnews.com/659 ވާހަކައެއް ދައްކާއިރު މި ދެއްކެނީ ކޮން ވާހަކައެއް ކަންވެސް ޔާމީނަކަށް ނޭގެއެވެ. ތިމާގެ އަނިޔާވެރިކަމާއި ތިމާގެ ގޮތެއް ނެތްކަން އިއްޔެވެސް އަމިއްލައަށް ޔާމީނު ރައްޔިތުންނަށް ހާމަ ކޮށްދީފިއެވެ. ޔާމީނުގެ ވެރިކަމުގައި އިދިކޮޅު ހަރަކާތަށް ހުރަސް އަޅާ އިދިކޮޅުގެ ހަރާކާތް ނައްތާލުމަށް ބާރުގެ ބޭނުން ކުރިކަން ކަށަވަރު ކޮށްދީފިއެވެ.

    ރައީސް ސޯލިހުގެ ވެރިކަމުގައި ވާދަވެރި އިދިކޮޅު ހަރަކާތް ހިންގުމަށް ފުރުސަތު ތައްމިނަށް ހުޅުވިފައި އޮތްކަން ވެސް ޔާމީނު ކަށަވަރު ކޮށްދީފިއެވެ. ޔާމީނު ވެރިކަމެއްގައި ވާދަވެރި ޕާޓީއަކަށް އެ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއް ވެސް ބާއްވަން ޖެހޭނީ މަރަށް ފުރާނައަށް ކަމަށް ޔާމީނު ބުނެފިއެވެ. ވާދަވެރި ޕާޓީތަކުން އިންތިހާބު ތަކުގައި ވޯޓު ދިނުމުގެ ފުރުސަތު ބަންދުކޮށް ޑިމޮކްރެޓިކް ނިޒާމު ފުނޑުފުނޑު ކޮށްލި ކަމަށް އަމިއްލައަށް އޭނާ އިއުތިރާފް ވެއްޖެއެވެ.

    ޕީޕީއެމްގެ ދާއިރާތަކަށް ރައީސުން އިންތިހާބު ކުރުމަށް އެ ޕާޓީގެ އެތެރޭގެ އިންތިހާބެއް ރާއްޖޭގެ ކަންކޮޅުގައި އިއްޔެ ބާއްވައިފިއެވެ. ސަރުކާރުން އެ އިންތިހާބު ބޭއްވިޔަ ނުދޭން އެއްވެސް ކަމެއް ނުކުރެއެވެ. ހެންވޭރު ދަނޑުގައި ޓެންޓް ޖަހައިގެންނާއި ރާއްޖޭގެ ކަންކޮޅު ތަކުގައި ދައުލަތުގެ ބައެއް މުއައްސަސާވެސް މި އިންތިހާބުގައި ޕީޕީއެމުން ބޭނުންކުރިއެވެ. ސަރުކާރުން ކުޑަވެސް ހުރަހެއް އެޅި ނަމަވެސް އެހާ އޮމާން ކަމާއެކު އެކަމެއް ނުވީސް ނޫން ހެއްޔެވެ. ޕީޕީއެމްގެ އެތެރޭގެ އިންތިހާބެއް އަމާން ކަމާއެކު ބޭއްވުނީ އެ ކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނޭޅީމައެވެ. ފުލުހުން ފޮނުވައިގެން ވޯޓު ފޮށިތައް އަތު ނުލީމައެވެ. ވޯޓު ދޭން ދިޔަ އާންމު މެންބަރުން ތަޅާ ރޯނާ ނުގެންނެވީމައެވެ. ޔާމީނު ވެރިކަމުގައި ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ކުޑަވެސް ޖާގައެއް ނުދީ އަނިޔާވެރިކަން އިސް ކުރިކަން ޔާމީނުގެ ވާހަކައިން ކިތަންމެ ރަނގަޅަކަށް ވެސް ސާބިތުވެއްޖެއެވެ.

    މި ސަރުކާރުން ވާދަވެރި ސިޔާސީ ހަރަކާތް ސުލްހަވެރި ކަމާއެކު ހިންގުމަށް ފުރުސަތު ނުދޭ ނަމަ އުވަގަށާ މެޝިނަށް ވެސް ވޯޓު ނޭޅުނީހެވެ. ލަދެއް ހަޔާތެއް ހުރި ނަމަ އަނގަ ފުރާފައި ޓައްޕުތަކަށް އަޅައިގެންތޯ ނޫނީ އުވަގަށާ މެޝިނުގައިތޯ ވޯޓުކަރުދާސް މިހުރީ ކިޔާކަށް ޔާމީނަކަށް ނުކެރުނީހެވެ. އެ ކަމުން އެނގިގެން ދަނީ ޔާމީނުގެ ހުރި ޖައްބާރުކަމާއި ބާރެއް ލިބިއްޖެ ނަމަ ތަފާތު ފިކުރަށް ޖާގަ ނުދޭނެ މިންވަރެވެ. އިދިކޮޅު އެމްޑީޕީއަށް ޔާމީނު ވެރިކަމުގައި ޓައްޕުތަކާ އުވަގަށާ މެޝިނަށް ވޯޓު އަޅައިގެން އިންތިހާބު ބާއްވަން ޖެހުނީ ޔާމީނުގެ ޖައްބާރު ކަމާއި އަނިޔާވެރި ކަމުންނެވެ. ފުލުހުން ފޮނުވައިގެން އެ ދުވަހު ރައްޔިތުންނަށް އަނިޔާކޮށް ޑިމޮކްރަސީ އޮޅާލީ ތިޔަ ޔާމީނު ނޫން ހެއްޔެވެ.

    އުފާވާ ކަމަކީ މިއަދު އެ ފަދަ އަނިޔާވެރި މާހައުލެއް ރާއްޖޭގައި ނެތްކަން ޔާމީނު ކަށަވަރު ކޮށްދޭތީއެވެ. ވާދަ ވެރި ސިޔާސީ ހަރަކާތަށް ކުޑަވެސް ހުރަހެއް މި ސަރުކާރުން ނާޅާކަން ޔާމީނު ޔަގީން ކޮށްދޭތީއެވެ.

    ]]>
    Sun, 06 Nov 2022 13:21:58 +0500 ހީރަސް
    ކްލަބް މޯލްޑިވްސް ކަޕް: ޗެންޕިއަން ފެނަކަ އަށް ރައީސް ތަށި ދެއްވައިފި https://heerasnews.com/658 https://heerasnews.com/658 ކްލަބް މޯލްޑިވްސް ކަޕް ގެ ޗެންޕިއަންކަން ފެނަކަ ރެއެކްރޭޝަން ކްލަބުން ހޯދައިފިއެވެ. ޗެންޕިއަން ފެނަކައަށް މުބާރާތުގެ ތަށި ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސާލިހެވެ. ކްލަބް މޯލްޑިވްސް ކަޕްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ. ފައިނަލުގައި ފެނަކައިން ކުޅުނު ފުރަތަމަ ތިން ފަހަރަށް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ބަލިކުރީ ހުޅުމާލޭ ރެހެނދީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައެވެ.

    ފެނަކަ ޓީމް ފަހަތުން އަރާ އެމްޕީއެލް ބަލިކޮށް 1-2 އިންނެވެ.

    މުބާރާތުގެ ފައިނަލް މެޗްގެ ފުރަތަމަ ހާފުގައި  އެމްޕީއެލުން ލީޑު ނެގީ އެ ޓީމުގެ ޝަމާއިލް ޖެހި ގޯލުކުންނެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް އިތުރު ލަޑެއް ނުޖެހި ފެނަކައަށް ލިބުނު ދެ ޕެނަލްޓީ ވެސް ނާކާމިޔާބު ވެގެން އެމްޕީއެލް ކުރީގައި އޮވެއެވެ.  

    ދެވަނަ ހާފު ފެށުމާއެކު ފެނަކަ ރީތި ޕާސިން ގޭމެއް ކުޅެ 13 ވަނަ މިނެޓުގައި ފެނަކަ އިން ނަތީޖާ ހަމަހަމަ ކުރީ ފެނަކަ ޓީމުގެ އަޔާ ޖެހި ގޯލުންނެވެ. ފަހު ހާފުގައި އެމްޕީއެލްއާއި ދެކޮޅަށް ފެނަކަ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދިއެވެ. މެޗު ނިމެން 30 ސިކުންތަށް ވެފައި ވަނިކޮށް ފެނަކަޓީމުގެ ދެވަނަ ލަޑު އެ ޓީމުގެ ހުސައިން ޝަރީފް (އޮންލީ) ޖަހާ ޓީމަށް ޗެންޕިއަންކަން ހޯދާ ދިނެވެ.  މުޅި މުބާރާތިގައި 13 ގޯލުޖަހައިގެން މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ވެސް ފެނަކަ ޓީމުގެ އޮންލީއެވެ.

    ފެނަކަ ޓީމަށް ލިބުނު ކާމިޔާބުގެ ސިއްރަކީ ދުރާލާ ފަރިތަކުރުންތައް ކުރިއަށް ގެންގޮސް ފެނަކައިގެ އިސްވެރިންނާއި މެނޭޖުމެންޓުން ދިން ފުރިހަމަ އެއްބާރުލުން ކަމަށް އެ ޓީމްގެ ކޯޗް ބުނެއެވެ. ނެވެ.

    މުބާރާތުގެ ކިންގް އޮފް ފުޓްސަލް އަކީ އެމްޕީއެލްގެ އަޔާޒް އަހުމަދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަކީ ވެސް އޭނާއެވެ. އަހަރުގެ ސަޕޯޓިންގ ޓީމަކަށް ހޮވުނީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އެވެ.

    ]]>
    Sun, 06 Nov 2022 11:02:22 +0500 ހީރަސް
    މުއިއްޒުމެން އެތިބީ ޔާމީނު ޖަލަށްލުން ލަސްވެފަ! https://heerasnews.com/657 https://heerasnews.com/657 ޔާމީނު ބިރުން ތުރުތުރު އަޅަނީއެވެ. ދެފައި އެއްތާ ނުޖަހާ ދުވެ ނަގަނީއެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން އެނގި މޮޔަވެސް ގޮވަނީއެވެ. ވޯޓު ކަރުދާހުގައި ޔާމީނުގެ ނަން ނޯންނާނެ ކަން ކަށަވަރުވެ ދެއްކޭ ނުދެއްކޭ ވާހަކަވެސް ނޭނގެއެވެ.

    ޔާމީނަކީ މާ ބިޔަ ބިލާދަރު އިދިކޮޅު ލީޑަރެކޯލައެވެ. މި ޔާމީނަކު މި އުޅެނީކީ މި ރާއްޖޭގައި އޮންނަ އިންތިހާބެއްގައި ވާދަކުރާކަށް ނޫނެވެ. ދުނިޔޭގައި މީހަކު ދުވަހަކު އަދި ނުކުރާ އާވައްތަރެއްގެ އިންތިހާބެއްގައި މި ކަލޭގެ ވާދަ ކުރަން އުޅޭ ކަހަލައެވެ. ޔާމީނު އިންޑިއާ އާ ވާދަކުރަން މި އުޅެނީ ކޮންތާކު ބާއްވާ ކޮން އިންތިހާބެއްގައި ހެއްޔެވެ. އިންޑިއާ އެއްވެސް ކަމެއްގައި ޔާމީނާ ވާދަކުރަން އުޅޭކަން ދެނަހުރި މީހަކު އުޑުދަށުގައި ނެތެވެ.  

    މިހާރު އިންޑިއާ އައުޓް ކޮށް ނިމިއްޖެއެވެ. މިހާރު އޮތީ އިންޑިއާ އާ ވާދަކުރުން ކަމަށް ވެއްޖެއެވެ. ބޮލު ރޮދި ކެނޑިައި ހުރިވަރު ނިކަން ދެކެ ބަލާށެވެ. ޔާމީނު ވާދަ ކުރަން ޖެހެނީ އަވަށްޓެރި އިންޑިއާއާއި ކަމަށް އޭނާ އެބަ ބުނެއެވެ. ޔާމީނު އެ ބުނާ އިންތިހާބެއްގައި އިންޑިއާގެ މައްޗަށް ޔާމީނު ކުރި ހޯދާނެ ކަމަށް ވެސް އެބަ ބުނެއެވެ. ތިޔަހެންނަކުން ނުވާނެއެވެ. އިންޑިއާ ޔާމީނާ ކަމެއްގައި ވާދަކުރަން ނިކުމެއްޖެއްޔާ ޔާމީނު އޮންނާނީ ފޭރާ ބުޑުގައި ގިއްގެޅެފައި ނޫން ހެއްޔެވެ. 

    ވެގެން މިއުޅެނީ އެހެން ގޮތެކެވެ. ރާއްޖޭގައި 2023 ގައި އޮންނަ ރިޔާސީ އިންތިހާބު ޔާމީނަށް ގެއްލޭތަން ފެނި މޭ ކަރައިގަނެގެން އިންޑިއާއޭ ދަށްގޮހޮރޭ ކިޔެނީއެވެ. ރައީސް ސޯލިހު ރައްޔިތުންގެ ކުރިމަތީގައި މަގުބޫލުކަން ބޮޑުކަމުން ދަމާނެ ހާސަރެއް އެހެން ނެތީ ތާއެވެ. އިންޑިއާގެ ދީލަތި އެހީތެރި ކަމާއެކު ރާއްޖޭގެ ރަށްރަށުގައި ފަތުއަޑު ކިޔާފައި ރައީސް ސޯލިހު ތަރައްގީގެ މަޝްރޫއުތައް ހިންގަވާތީ އިންޑިއާ ދެކެ ތިޔަ ހުރެ އަރަނީ މާ ރުޅިއެކެވެ.

    ޔާމީނު ރާއްޖޭގެ ވެރިކަމަށް އައުމަށް ޗައިނާއިން ވެސް އެއްބާރު ލުމެއް ނުދިން ނޫން ހެއްޔެވެ. ސައުދީ ޕްރިންސް މުހައްމަދު ވެސް އަޅައެއް ނުލިދޯއެވެ. ދުނިޔެ ތާކު ގާތް ގުޅުމެއް އޮތް އެހެން ބަޔަކު ތިބީއެއް ނޫނެވެ. ވާނީ ވެސް އެހެންތާ އެވެ. ބަޔަކަށް ވިއްޔާ ދޯކާ ނޫނީ ދިނީއެއް ނޫނެވެ. ޕްރިންސް މުހައްމަދު އަތުން ބިލިޔަނުން ޑޮލަރު ހޯދާފައި ފ. އަތޮޅު ވެސް ހޯދާ ދެވުނީއެއް ނޫނެވެ. ޗައިނާއަށް ދިންހާ ދޯކާގެ ވާހަކަ ރަނގަޅު ވަނީ ނުދެއްކިއްޔާއެވެ. ރާއްޖޭގައި ވެސް ކެހި ނުދޭ ވިޔަފާރި ވެރިއަކު ނެތެވެ. ޖާބިރެއް ޝިޔާމެއް ދެ ނާޒިމެއް އުއްޗުއެއް ކިޔާނެ ކަމެއް ނެތެވެ. ސިމްޑީއެއް ކުރަހާ ނަޖާހެއް އެމްވީކޭ ޝަފީގެއް އެކަމުގާ އިސްތިސްނާއެއް ނުވޭ ނޫން ހެއްޔެވެ.

    ފިސާރި ތެދެއް ބުނަން ހެއްޔެވެ. ވަށާ އެބުރޭ އަދުރޭއާއި ސައީދާ ގައްސާނު މެން އެތިބީ ދަނޑިވަޅު ބަލާށެވެ. ވަހީދާ މުއިއްޒު އެތިބީ ޔާމީނު ޖަލަށްލުން ލަސްވެފައެވެ. ޖަލު ގޮޅިތައް އެތިބެނީ ޔާމީނުގެ އިންތިޒާރު ގައެވެ. ހަސްނެތް ޔާމީނަށް ބަލިކުރެވޭނީ އިންޑިއާއެއް ނޫނެވެ. 

    ]]>
    Sat, 05 Nov 2022 18:23:46 +0500 ހީރަސް
    ދިޔަރެސް ޔާމީނަށް ވިކިފަ! ހީރަސް ސަރުކާރަށް ގަނެފަ! އަންނި ގޮތް ހުސްވެފަ! https://heerasnews.com/656 https://heerasnews.com/656 އޯޝަންވީކްލީ އަކީ ރައީސް ނަޝީދުގެ މަސްލަހަތު އޮންނަ ހަފްތާ މަޖައްލާއެކޭ ބުނާ އަޑު އަހަމެވެ. އޭގެ އެންމެ ފަހުގެ ކަވަރ ސްޓޯރީގައި ބުނަނީ ނޫސްތައް އޮތީ ސަރުކާރުން އަގުދީ ގަނެފައި ކަމަށެވެ. 

    ދެން ސަރުކާރާ ދެކޮޅަށް މިއޮއް ލިޔާހާ ލިއުމާއި ، ހަދާހާ ދޮގާއި ބެހޭހާ އަބުރާ ފިތުނަ ފަސާދަ އަކީ ކޮންބަޔަކު އަގުދީ ގަނެގެން ލިޔާހާ ލިއުންތަކާ ހަދާހާ  ދޮގު ވާހަކަ ތަކެއް ހެއްޔެވެ؟ 

    މައިދަރިން ލޯދިއްކޮށްލަން ނުކެރޭ ވަރުގެ ވާހަކަތައް ސަރުކާރާ ދެކޮޅަށް އެބަ ދައްކައެވެ. ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާ އަށް ނިސްބަތް ވަންޏާ އަބުރެއް ގަދަރެއް، އަހުލާގެއް ތަމީސެއް ދޮގެއް ތެދެއްނެތި ހިތުހުރި އެއްޗެއް ގޮވާ ލިޔެ ނެގުމަކީ ޑިމޮކްރަސީއާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އިސްލާމް ދީނާ ވަތަނާ ގައުމާ ލައިގެންތިބި އަންނައުނުގެ ވަތުބަތާނު ކައްގަނޑަށް އެބަވެއެވެ. 

    ބަލަ ނޫސްވެރިކަން ކުރަންޖެހެނީ ވަކި ބައެއް ހެއްޔެވެ. ނޫސްވެރިކަމަކީ ވަކި ދެތިން މީހެއްގެ މައިފުށު ތަރިކައެއް ނޫނެވެ. ބަޔަކަށް ނޫހެއް ކަމުދަނީ ބަލަނީ ނެރޭތާ ދުވަސް ވެގެނެއް ވެސް ނޫނެވެ. ނޫހެއްގެ ކޮންޓެންޓް ކަމުދާ ބަޔަކު އެނޫހަކީ އުމުރުން ކިހާ ދުވަހެއްވީ ނޫހެއްތޯ ނުބަލާނެއެވެ. 

    ބަޔަކު ނުބަލާ ލޯނުދެކޭ ނޫސްތަކަށް ސަރުކާރުން ފައިސާ ދީގެން ގަނެގެން އުޅޭ ކަމުގެ ތުހުމަތުކޮށް އޯޝަންވީކްލީ ކިޔާ މަޖައްލާއަކާ ހަވާލަދީ ފައިނު ވައްޑޭ ނޫސްތައް ކުށްވެރި ކުރާއިރު އެހެން ނޫސްތައް މިންކޮށް ވަޒަންކޮށް ރިޕޯޓް ނެރެން "އޯޝަން ވީކުލީ" އަކީ ކިހާ ދުވަހެއްވީ ކޮންބަޔަކު ބަލާ މަޖައްލާއެއް ހެއްޔެވެ. ފައިނު ވައްޑޭއާއި ފައިނު އާދަން ޝަރީފާ ފޯއްމުލަކު ޖަމީލު ނޫސްތައް މެދުވެރިކޮށް ކުރަން މިއުޅެނީ ކީއްހެއްޔެވެ. 

    ރަންކޮޅާއެވެ. ގާނޫނީ ގޮތުން ރަޖިސްޓްރީ ކޮށްގެން ނޫހެއް ހިންގާނީ ހިންގޭ ވަރުގެ ބައެކެވެ. އެ ނޫހެއްގެ އެޑިޓޯރިއަލް ޕޮލިސީ އަކީ އެ ބައެއްގެ އަމިއްލަ އެއްޗެކެވެ. އެކި ނޫހުގެ ކޮންޓެންޓް ހުންނާނީ އެކި ގޮތަށެވެ. ސިޔާސީ ގޮތުން އޭރަކު އޮންނަ ސަރުކާރަކަށް ތާއީދުކޮށް އެ ސަރުކާރެއްގެ ސިޔާސަތުތައް ޕްރަމޯޓްކޮށް އިދިކޮޅު ފަރާތް ތަކަށް ފާޑު ކިޔާ ނޫސްތައް ހުންނާނެއެވެ. ސަރުކާރަށް ފާޑުކިޔާ ސަރުކާރުގެ މަގްބޫލުކަން ކުޑަ ކުރަން މަސައްކަތްކޮށް އިދިކޮޅު ލީޑަރުން ޕްރަމޯޓްކުރާ ނޫސްތައް ވެސް ހުންނާނެއެވެ. ކޮންމެ ނޫހެއްގައި ހުރިހާ އެއްޗެއް ނުހުންނާނެއެވެ. އެ ނޫހަކުން ފަތުރާނީ އެ ނޫހަކުން ފަތުރަން ބޭނުންވާ ކޮންޓެންޓެކެވެ. އެކަން މިރާއްޖޭގައި މި ކުރެވޭ ވަރަށްވުރެ ފުޅާކޮށް ކުރާ އެހެން ތަނެއް އޮވެދާނެއެކޭ ހީއެއް ނުވެއެވެ.

    ދީން ފަތުރާ މީހުން ކުރާނީ އެކަމެވެ. މުނިފޫހި ފިލުވުމާއި ފިލްމީ މައުލޫމާތު ފަތުރާ ނޫސްތަކުން ކުރާނީ އެ މަސައްކަތެވެ. ކުޅިވަރަށް ހާއްސަ ނޫސްތަކުން ދައްކާނީ ކުޅިވަރުގެ ވާހަކައެވެ. ކަރަންޓް އެފެއަރޒް ގެނެސްދޭ މީހުން ކުރަނީ އެކަމެވެ. ސިޔާސީ ގޮތުން މައުލޫމާތު ފަތުރާ ވަކި ފިކުރެއް ކުރިއެރުވުމަށް މަސައްކަތްކުރާ މީހުން ކުރަނީ އެ މަސައްކަތެވެ. އެތައް ކަމެއް ޝާމިލުވާ ގޮތަށް ނޫސްވެރިކަން ކުރުމަކީވެސް އެކަން ކުރާ ގޮތެކެވެ. ގާނޫނީ އިމުން ބޭރު ނުވެ ކޮންމެ ބަޔަކަށް ވެސް ކޮންމެ ފިކުރެއްގައި ވެސް ނޫސްވެރިކަން ކުރެވޭނެއެވެ. އެއީ ބަޔަކާ ބެހޭ ކަމެއް ނޫނެވެ. މިނިވަން ނޫސްވެރި ކަމަކީ އެއީއެވެ. 

    މިހެން ބުނާ މީހާ އާއި ނޫސް އެއޮތީ ގަނެފަ!

    ސަރުކާރުން ކުރާ ރަނގަޅު ކަމެއްގެ ވާހަކަ ހަމަ ބުނާ އިރަށް އެހެން ބުނި މީހާ އާއި އެ ވާހަކަ ލިއުނު ނޫހާ ރޭޑިއޯއާއި ޓީވީ އެ އޮތީ ސަރުކާރަށް ވިކި ހުސްވެފައި ކަމަށް ފަލަ ސުރުހީގައި ލިޔެ އެބަ ޗާޕް ކުރެއެވެ. އަޖައިބެއް ކަހަލަ ބަލާވެރި ކަމެއް ތާއެވެ.؟! 

    ނޫސް ތަކަށް ސްޕޮންސަރ ދިނުމާ އިސްތިހާރު ދިނުމަކީ ސަރުކާރު ކުންފުނިތަކުން އެކަނި ކުރާ ކަމެއް ނޫނެވެ. އެއީ ވަކި ބަޔަކަށް އެކަނި އޮތް ހައްގެއް ވެސް ނޫނެވެ. އެ ތަނެއްގެ މަރކެޓިންގއާއި ތަސައްވަރު ރަގަޅު ކުރުމަށް ދެފަރާތް އެއްބަސްވެވޭ ގޮތަކަށް އިސްތިހާރާއި ސްޕޮންސަރ ދިނުމަކީ އައުކަމެއް ނޫނެވެ. އެކަމުގައި ސަރުކާރެއް އަމިއްލަ ފަރާތެއް ތަފާތެއް ނެތެވެ. ސްޕޮންސަރ ހޯދުމާ އިސްތިހާރު ހޯދުމަކީ ވަކި ބަޔަކަށް އެކަނި އޮތް ހައްގެއް ވެސް ނޫނެވެ.

    ގައުމަށް ފައިދާ ކުރަނިވި ދާއިރާތައް ކުރިއެރުވުމަށް އިޖުތިމާ ޒިންމާއެއްގެ ގޮތުގައި ބޮޑެތި ކުންފުނިތަކުން ގިނަ ކަންތައް ތަކެއް އަބަދުވެސް ކުރެއެވެ. މެޗްތަކާއި މުބަރާތްތަކާއި އިވެންޓްތައް ސްޕޮންސަރ ކުރެއެވެ. ދާއިރާއަކަށް އަލަށް ނިކުންނަ ފަރާތް ތަކުން ރަނގަޅު ތަސައްވުރަކާ އެކު ހުށައަޅާ ހުށަހެޅުން ތަކަށް އެހީތެރި ކަމެއް ފޯރުކޮށްލާ ދިނުމަކީ ވެސް އިޖުތިމާއީ ޒިންމާގެ ދަށުން ކުންފުނިތަކުން ކޮށްއުޅޭ ކަންކަމެވެ. އެއްޔަކީ ގަތުމެއް ވިކުމެއް ނޫނެވެ. އެހެން ނޫނަސް އެއްވެސް ކުންފުންޏަކުން އެ ކުންފުންޏެއްގެ ތަސައްވަރު ކިލަނބުކޮށް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރާކަށް ހަރަދެއް ނުކުރާނެއެވެ. އެގެން ޖެހޭކަމަކީ އަމިއްލަ ގައިގާ ރޯކުރަން އެއްވެސް މީހަކު ޕެޓްރޯލު ނުދޭނެކަމެވެ.  

    ތެދެކެވެ. އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތޭ ގޮވާ ނަގަނީ  ބަޔަކު އެއްކޮށް އެތާ މެދަށް "ފާވެ" ހުރެގެން ނެވެ. މީޑިއާގެ މިނިވަން ކަމެއް ނެތްކަމަށް ބުނެ ތިބެ ވީދެނީ މީޑިއާ މެދުވެރިކޮށެވެ.

    ތިމާމެން ކޮށްފިއްޔާ ހުރިހާ ކަމެއް ބަރާބަރެވެ. އަނެކާ ކުރަންވީމާ އެ އޮތީ ވިކިފައެވެ ނޫނީ ގަނެފައެވެ. 

    ތިމާ އަށް ދުނިޔެ ފެންނާނީ އަމިއްލަ  އައިނުގައި ހުރި ކުލަ އަކުންނެވެ. ވަގުންނަށް އެހެން އެންމެން ފެންނާނީ ވަގުންގެ ގޮތުގައެވެ. ތިމާ ވިކި ހުސްވެފައި ހުރީމާ ހީވާނީ އެހެން މީހުން ވެސް އެތިބީ އަގުދީ ގަނެފައި ހެންނެވެ. 

    ހަސަނު ފުޅަށް ބުޑުން ދަނީ ގޭގޭގެ ކެޔޮގަނޑު ކަނޑާށެވެ. ވީމާ އެހެން މީހަކު ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނީ އޭނާވެސް އެ ދަނީ ވަގަށް ކެޔޮގަނޑު ކަނޑަން ކަމަށެވެ. 

    ތިޔަ ކިޔާ ގޮތުން ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭނުން ހިފުމުގައި ދިޔަރެސް އޮތީ ޔާމީނަށް ވިކިފައެވެ. ހީރަސް އޮތީ ސަރުކާރަށް ގަނެފައެވެ. އަންނި ހުރީ އެކަމާ ގޮތް ހުސްވެފައެވެ. ރުހޭ މީހުން މަދުވުމަކީ ނޫސްވެރިންގެ މައްސަލައެއް ނޫނެވެ. އުޅެވޭ ގޮތަކުން ވާކަމެކެވެ.

    ]]>
    Sat, 05 Nov 2022 13:53:21 +0500 ހީރަސް
    ހެޔޮވެރިކަން: ސްޓެލްކޯ ޗައިލްޑް ކެއަރގެ ނަމޫނާ https://heerasnews.com/655 https://heerasnews.com/655 މުވައްޒަފުންނަށް ހާއްސަކޮށްގެން ސްޓެލްކޯ އިން ޗައިލްޑް ކެއަރ ސެންޓަރެއް ގާއިމް ކުރަމުން އެބަ ގެންދެއެވެ. ވަޒީފާ އަށް ނުކުންނަ މައިބަފައިންނަށް އެ މީހުންގެ ކުދިން ބެލެހެއްޓުމަށް ޗައިލްޑް ކެއަރ ސްޕޭސް ގާއިމުކުރާ ފުރަތަމަ މުއައްސަސާ އަކަށް ސްޓެލްކޯ ހެދުމަށް ސްޓެލްކޯގެ މެނޭޖްމަންޓުން ކާމިޔާބު މަސައްކަތްތަކެއް މިހާރު ވަނީ ކޮށްފައެވެ.

    ދައުލަތުގެ މުއައްސަސާ ތަކުގައި "ޗައިލްޑް ކެއަރ ސްޕޭސް" ގާއިމު ކުރުމަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ އެއްބައެވެ. ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމުގެ ތެރޭގައި އަތްފޯރާފަށުގައި  ޑޭކެއާގެ ހިދުމަތް ފޯރުކޮށްދޭނެ ތަންތަން ވުޖޫދު ކުރުން ހިމެނިފައި އޮތީ އެހެން ވެގެނެވެ.

    ޑޭކެއަރގެ ހިދުމަތް ދިނުމަށް ބޭނުންވާ ޖާގަ ކަށަވަރު ކުރުމަށް އެކި އިދާރާތަކާ އެކުގައި ގިނަ މަޝްވަރާތަކެއް ޖެންޑަރ މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއެކު ބޭއްވުނު ބައްދަލުވުންތަކު ނަތީޖާ މިހާރު މި ދަނީ ފެންނަމުންނެވެ.  

    ސްޓެލްކޯ އެ ކަމުގައި މި ވަނީ އިސް ނަގާފައެވެ. ސްޓެލްކޯއިން މި އަހަރު މިސާލު ދައްކާނެކަން ވަނީ ކަށަވަރުކޮށް ދީފައެވެ. ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވޭ އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ގާއިމު ކުރުމުގެ ކޮންސެޕްޓްގެ ދަށުން ސްޓެލްކޯގައި މުއައްޒަފުން ވަޒީފާ އަދާކުރާ ގަޑީގައި މުއައްޒަފުންގެ ކުދިން ބެލުމުގެ އިންތިޒާމް ސްޓެލްކޯގައި ހަމަ ޖެހިގެން ދިޔުމަކީ ބޮޑު ކާމިޔާބެކެވެ. ސްޓެލްކޯގެ މުއައްޒަފުންގެ މަސައްކަތުގެ ރޭޓް އެތައް ގުނައަކަށް މައްޗަށް ދާނެކަމެކެވެ. ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިވެ އަވަސް ވެގެން ދިއުމުގެ ސަބަބެކެވެ. ސްޓެލްކޯ ޗައިލްޑް ކެއަރގެ ހިދުމަތަކީ މުޅި ރާއްޖެއަށް ނަމޫނާ ހިދުމަތަކަށް ވެގެން ދާނެއެވެ.

     

    ސްޓެލްކޯއަކީ މިހާރު ވެސް ވަޒީފާގައި މުއައްޒަފުން ދެމެތިބުމުގެ ރެކޯޑް އޮތް ވަރަށް ކާމިޔާބު ކުންފުންޏެކެވެ. މުއައްޒަފުން ވަޒީފާ ދެމިތިބުމުގެ ސިއްރަކީ މުއައްޒަފުންނަށް ފަހި މާހައުލެއް ސްޓެލްކޯގައި އޮތުމެވެ. މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފުގެ ލީޑަރޝިޕްގެ ދަށުން ރައީސް ސޯލިހުގެ ހެޔޮވެރިކަމުގެ ނަމުނާ އިތުބާރާ ޔަގީންކަމާއެކު ދެއްކުމުގައި ސްޓެލްކޯގެ މުއައްޒަފުން ތިބީ އަތުކުރި އޮޅާލައިގެންނެވެ.

    ]]>
    Sat, 05 Nov 2022 02:01:51 +0500 ހީރަސް
    ޔާމީނަށް 10މިލިއަން ޑޮލަރުދޭ މީހަކަށް ޕީޕީއެމްގެ ރިޔާސީޓިކެޓް! https://heerasnews.com/654 https://heerasnews.com/654 ތިމާއަށް ނުވާ ނަމަ އެހެން އެކަކަށް ވެސް ވިޔަ ނުދިނުމަކީ އަނިޔާވެރި ޑިކްޓޭޓަރުންގެ ސިފައެކެވެ. ކޮށްފައިހުރި ކަންކަމާ، ހުރި ތުހުމަތު ތަކާއި އުފުލިފައިވާ ދައުވާތަކާއި ކުރެވޭ ތަހުގީގް ތަކާ ހުރެ ދެން ވެރިކަމަށް ނާދެވޭނެކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށެވެ. 

    54 އާއި 45 ގެ އޮޅުމަކުން ސުޕްރީމް ކޯޓުން ބޯދަމައި ގަނެވުނު އިރުވެސް ކެންޑިޑޭޓަކަށް ވާން އޮންނަން ޖެހޭ ސާފު މުއްދަތު ފަހަނަ އަޅައިފި ކަމަށް ގާނޫނީ މީހުން އެބަ ބުނެއެވެ. ނުވިތާކަށް އެ ހުކުމަށް ވާޞިލުވި ގޮތް ސުޕްރީމް ކޯޓުން ބަޔާން ކުރި ނުގުތާ ތަކުގައި ޔާމީނު ކޮށްފައި ހުރީ ދައުލަތުގެ ވެރިޔާގެ މަގާމުގައި ހުރެ ކޮށްގެން ނުވާނެ ކަންކަން ކަމުގައި ސުޕްރީމް ކޯޓުން ވަނީ ބުނެފައެވެ. އެ ފަދަ މީހަކު އަލުން ވެރިކަމަށް ކުފޫ ހަމަވާނެ ގޮތެއް ނޭނގެއެވެ. ޝަރުތު ގެއްލުނީމާ ވާދައެއް ނުކުރެވޭނެއެވެ. ޖަމީލަށް ވެސް އެކަން އެނގޭނެއެވެ.

    އަބްދުﷲ ޔާމީނު ކުރާ ކޮންމެ ކަމެއްގެ ފަހަތުގައި އޮންނަނީ ހޯދުނު ގޮތަކުން ފައިސާ ހޯދުންކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. އޭނާ ކުރީ ވެރިކަންތޯ ނުވަތަ ވައްކަންތޯ ބުނެދެނީ ހުސްއަތާ ހުވާ ކުރި މީހާ ވެރިކަމުން ބޭލިއިރު އަމިއްލަ އެކައުންޓްގައި އެހުރި ގޮތްނޭނގޭ 100 އަށް ވުރެ ގިނަ މިލިއަން ރުފިޔާއެވެ.  

    ފައިސާ ހޯދަން ވެރިކަންކުރާ މީހަކަށް ވެރިކަން ނުލިބުނަސް ފައިސާ ލިބުނީމަ އޯކޭ ވާނެއެވެ. ސުޕްރީމް ކޯޓްގައި ކެމެރާ ހަރުކޮށްގެން ފަނޑިޔާރުންނަށް ފާރަލީ މީހާ ވެސް މިހާރު އެހުރީ މަގާމުން ބޭރުކޮށްފައެވެ.

    ވެރިކަމަށް އާދެވިއްޖެނަމަ އެހެނޭ މިހެނޭ ކިޔާ އެދައްކާ ހުރިހާ ވާހަކައަކީ ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓްގެ އަގު އެރުވުމަށް ދައްކާ ވާހަކައެވެ. އެކަކު ނެތުމުން ދެންހުރި މީހާއަށް ޓިކެޓް ލިބޭނީ ހަމައާއި އިންސާފުން ހިންގާ ސިޔާސީ ޕާޓީ ތަކުގައެވެ. ޔާމީނަށް ކޮން މުއިއްޒެއް ޖަމީލެއް ވަހީދެއް ހެއްޔެވެ؟ ބޯކޮށް ޓިސްޓިސް ނެގުނީމާ ޔާމީނަށް ނިމުނީއެވެ. އެކަމުގައި ޔާމީނަކީ މޮޅު ހުނަރުވެރި އެކެވެ.

    މިހާރު އެކުރާ ގޮތަށް ޓިކެޓްގެ އަގު އެރުވުމަށްފަހު ، އެ ދުވަހަކުން ޕީޕީއެމް އޮންނާނީ މަނިކުފާނު ފަހަތުގައޭ ބުނެ 10 ވަރަކަށް މިލިއަން ޑޮލަރު  އަނެއްކާ ވެސް އެކައުންޓަށްލާން އޮތް ރަނުގެ ފުރްސަތަކީ މިއީ ކަން ޔާމީނަށް އެނގޭނެއެވެ. މި އަވާގައި ޖެހެން ތިބީ ގާސިމާ ނާޒިމާ ސަން  ސިޔާމް ފަދަ މީހުންނެވެ. ވަހީދު ވެސް ޕްރިންސް މުހައްމަދާ ޑީލް ކުރާކަމަށް ވެއެވެ. މަޅީގައި ޖެހި މިކެހި ލިބި އެބޮނޑި ބޯނީ މިތަނުން ކާކު ކަމެއް ނޭނގެއެވެ. 

    ]]>
    Fri, 04 Nov 2022 19:25:29 +0500 ހީރަސް
    ހެޔޮވެރިކަން: ގެދޮރުވެރިޔާ ސްކީމްގައި 32 ޓަވަރ https://heerasnews.com/653 https://heerasnews.com/653 ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުގައި 54 ޓަވަރެއްގެ މަސައްކަތް ސަރުކާރުން ކުރުވަމުން އެބަ ގެންދެއެވެ. އެ ޓަވަރުތަކުގެ މަސައްކަތް 2024 ވަނަ އަހަރަށް މުޅިން ނިންމާލެވޭނެއެވެ. މި ޓަވަރު ތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީއާއި ފަހި ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެފްޑީސީ) އާއި އެޗްޑީސީ ގުޅިގެންނެވެ.

    54 ޓަވަރުގައި ޖުމްލަ 6175 ފްލެޓް ހިމެނެއެވެ. މީގެ ތެރެއިން 4000 ފްލެޓް ހާއްސަކޮށްފައިވަނީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމަށެވެ. 2020 އިން ފެށިގެން މާލެ އާއި އަތޮޅު ތެރޭގައި ސަރުކާރުން ހައުސިން މަޝްރޫއުތައް ވަނީ ހިންގަން ފަށާފައެވެ. މި ސްކީމުގެ މަޝްރޫއުތައް ކުރިއަށް ގެންދަނން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކާއެވެ.

    ޖޭއެމްސީ އާއި އެންބީސީސީ އިން އަޅާދޭނީ 4000 ފްލެޓެވެ. ދެކުންފުނި ކުރެ ކޮންމެ ކުންފުންޏަކުން އަޅައިދެނީ 2000 ފްލެޓެވެ. ޖޭއެމްސީ އިން އިމާރާތް ކުރަމުންދާ ފްލެޓްތަކުގެ 16 ޕަސެންޓް މަސައްކަތް މިހާރު ނިމިފައި ވާއިރު އެންބީސީސީން ހަދަމުންދާ ފްލެޓްތަކުގެ 13.5 ޕަސެންޓް އެ ކުންފުނިންވެސް މިހާރު ވަނީ ނިންމާފައެވެ. 18 ފަންގިފިލާގެ 32 ޓަވަރުގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 ފްލެޓް އާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 ފްލެޓް ހުންނާނެއެވެ.

    267 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ހިންގާ މަޝަރޫއެކެވެ. 08 މާރޗް 2021 ގައި އެއްބަސްވުމުގައި ސޮއި ކޮށްގެން ފަށައިގެންފައިވާ މި މަޝްރޫއުގައި ބިނާ ކުރާ ފްލެޓްތަކުން ބައެއް ފްލެޓުގައި މީހުން ދިރި އުޅެވޭވަރު ވާނެއެވެ.


    ގެދޮރުވެރިޔާ ސްކީމް ހިނގަމުން ދާއިރު ބައެއް އަމިއްލަ ކުންފުނިތަކާއި ހަވާލުކޮށްގެން ހުޅުމާލޭގެ ދެ ފިޔަވަހީގައި ސޯޝަލް އަދި މިކްސްޑް ހައުސިން ޔުނިޓްތަކެއް ވެސް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެޕޯލޯ ހޯލްޑިންގްސް، އެސްޖޭ ކޮންސްޓްރަކްޝަން، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން (އާރްސީސީ)، އެސްޖޭ ކޮންސްޓްރަކްޝަންސް، ސެލިޓެއާ، ފެޑޯ ޕްރައިވެޓް ލިމިޑެޓް، ރެއިންބޯ މެގަ އަދި ނިއުމާކް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ. ފައިވާ މަޝްރޫއުތަކެވެ.

    އަނެއްކޮޅުން މާލޭ އޯޑިއޯން ސިނަމާ އާއި ދިވެހި ނާދީ ހުރި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްގެން ލަގްޒަރީ ފްލެޓްތަކެއް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

    ]]>
    Fri, 04 Nov 2022 18:36:51 +0500 ހީރަސް
    ޔާމީނެއް ކަމަކު އެސްޓީއޯ ހަވަރަކަށް ނުދެވޭނެ! https://heerasnews.com/652 https://heerasnews.com/652

    ފަހަކަށް އައިސް ދައުލަތުގެ ކުންފުނިތަކުގެ ތަސައްވަރު ކިލަނބު ކުރުމަށް ރޭވިގެން ބޮޑެތި ޖަރީމާ ބަޔަކު އެބަ ހިންގައެވެ. ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކު އިތުބާރު ކަނޑުވާލަން ހިންގަނީ އެއްކަމެއް ދެކަމެއް ނޫނެވެ.

    ވެރިކަން ހޯދުމަށްޓަކާ ސަރުކާރު ބަދުނާމު ކުރަން އިދިކޮޅުން ހިންގާ އެންމެ ނުރައްކާތެރި އެއް ކަމަކީ ދައުލަތުގެ ކުންފުނި ތަކުގެ އިތުބާރު ކަނޑުވާލުމެވެ. ކުންފުނިތަކާ މެދު އާއްމު ރައްޔިތުން ދެކޭ ގޮތް ހުތުރު ކޮށްލުމެވެ. ކުންފުނި ތަކާއެކު މުއާމަލާތު ކުރާ ފަރާތްތައް ބިރު ގަންނަވާ ކުރެވޭ މުއާމަލާތްތައް ހުއްޓުވުމެވެ. މިކަމުގައި އެސްޓީއޯއެއް ފެނަކައެއް ސްޓެލްކޯއެއް އެމްޓީސީސީއެއް ކިޔާނެ ކަމެއް ނެތެވެ. ހުރިހާ ކުންފުނި ތަކަށް މި ވައިރަސް އެބަ  އަރުވައެވެ.

    ކުންފުންޏެއްގެ މާލީ ރިޕޯޓަކުން ކޮންމެ ބަލި ދިމާލެއްގައި ހިފާ ދަމާ ބޮޑު ކުރުމަކީ އެކަން ކުރާ މީހުންގެ އާދައެވެ. ކުންފުނިން ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމާއި ފައިދާގެ ވާހަކައެއް އެމީހުން ނުދައްކާނެއެވެ. އެންމެ ބޮޑަށް ދައްކާނީ ދަރަންޏާއި ހަރަދުގެ ވާހަކައެވެ.

    މި އަހަރުގެ ތިންވަނަ ކުއާޓާރގެ ރިޕޯޓް އެސް ޓީއޯއިން ނެރުނު އިރު އެ ކުންފުންޏަށް ކުރީ ކުއާޓަރއަށް ވުރެ ބޮޑެތި ކާމިޔާބީ ތަކެއް ލިބިފައި ވާކަމީ ހަގީގަތެކެވެ. ދެވަނަ ކުއާޓަރއަށް ވުރެ ތިންވަނަ ކުއަރޓަރގެ ހިންގުމުގައި 18 ޕަސެންޓްގެ ފައިދާއެއް ހޯދިއެވެ. 217 މިލިއަން ހިންގުމުގެ ފައިދާގެ ގޮތުގައި 2 ވަނަ ކުއާޓަރގައި ލިބިފައި އޮތް އޮތުން 3 ވަނަ ކުއާޓަރގައި 255 މިލިޔަން ރުފިޔާއަށް އޮތީ ބަދަލު ކޮށްފައެވެ. މުޅި ކުންފުނީގެ ސާފު ފައިދާއަށް 13 ޕަސެންޓްގެ ކުރިއެރުމެއް ނުލިބޭ ކަމަކަށް ވެސް ނުހެދޭނެއެވެ. ދެވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި އޮތް 458 މިލިއަން ރުފިޔާގެ ބަދަލުގައި 3 ވަނަ ކުއާޓަރގެ ޖުމްލަ ފައިދާ 515 މިލިއަން ރުފިޔާއަށް ބަދަލު ވެގެން ގޮސްފައި އޮތް އޮތުމަކީ ތެދު ހަގީގަތެވެ.

    އެހެން ނަމަވެސް ސަރުކާރާ އިދިކޮޅު ޕީޕީއެމްގެ މަސްލަހަތު ނަގަހައްޓާ ނޫސްތަކުން އެސްޓީއޯގެ އިމޭޖު ހުތުރު ކޮށްލަން ދައްކާފައި އޮތީ އެހެން މަންޒަރެކެވެ. ދަރަނީގެ ވާހަކައެވެ. ތެދެކެވެ. ވިޔާފަރިކުރާ އެހެން ކޮންމެ ބަޔެކޭ އެއްގޮތަށް އެސްޓިއޯގައި ވެސް ދަރަނި ހުންނާނެއެވެ. ދަރަނި ނަގަން ވެސް ނަގާނެއެވެ. ދުނިޔޭގެ ހާލަތަށް ބަލާ ދަރަނި ނަގަން ވެސް ޖެހެއެވެ.

    ދަރަންޏާ އަރަންޏަކީ މި ޒަމާނުގެ ވިޔަފާރީގެ މައިގަނޑު އެއް ބަހާއެވެ. ވިޔަފާރިއެއް ދަރަންޏާ ނުލާ ހިންގުމަކީ މި ޒަމާނުގެ ވިޔަފާރި މާހައުލުގައި މުސްތަހީލު ކަމެކެވެ. ދަރަންޏަކީ ގަވައިދުން ދައްކަމުން ދާނަމަ މައްސަލައެއް ގޮތުގައި ފާހަގަ ކުރާ ކަމެއް ނޫނެވެ. ދަރަނި މައްސަލަ އަކަށް ވަނީ ހަމަޖެހިފައި އޮންނަ އުސޫލުން ނުދެއްކޭ ނަމައެވެ. އެސްޓީއޯއަށް ދަރަނި ނުދެއްކިގެން ނޫޅެއެވެ.

    ވިޔަފާރީގެ މާހައުލުގައި އަންނަ ލޮޅުންތައް ފޫބެއްދުމަށް ދަރަނި ނެގުމަކީ އެ ވިޔާފާރިއެއް ދަމަހައްޓާ ނެގެ ހެއްޓުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަފާވެރި ކުންފުންޏެއް ގޮތުގައި ކުންފުންޏެއް ދެމި އޮންނަނީ ދަރަންޏާވެސް އެކުގައެވެ.

    ވަރަށް މަދުން ނޫނީ ބޮޑެތި ކޮންމެ ވިޔާފާރި އެއްގައި ވެސް ދަރަނި އޮންނާނެއެވެ. ލޯނާއި އެހެނިހެން ގޮތް ގޮތުން ހުންނަ ދަރަންޏެވެ. ވިޔާފާރީގެ މުއާމަލާތު ހިންގާ ކޮންމެ ދެ ބައެއްގެ ދެމެދުގައި ލޭންދޭނު އޮތުމަކީ ވެސް ވިޔާފާރި ދުޅަހެޔޮވެ އިތުބާރު އުފެދޭ ކަމެއް ކަމަށް ބެލެވެއެވެ. ލޯނާއި ލޭންދޭނަކީ ދެމެހެއްޓެނިވި ވިޔާފާރީގެ މުއާމަލާތް ތަކުގައި މިޒަމާނުގައި މުހުންމު ބަހާއެކެވެ.  

    އިތުބާރު ގެއްލުވާލުމަށް ވާހަކަ ދައްކާ މީހުން ދައްކާނީ އަދާކުރަންޖެހޭ ދަރަނީގެ ވާހަކައެވެ. ވަރަށް ބާރަށެވެ. ގަވައިދުން ކާމިޔާބު ކަމާއެކު ދަރަނި އަދާ ކުރަމުންދާ ވާހަކައެއް އެމީހުން ނުދައްކައެވެ. ލިބެން ޖެހޭ ނުލިބި ހުންނަ ފައިސާގެ ވާހަކައެއް ވެސް ނުދައްކައެވެ.

    ސިޔާސީ ބޭނުމުގައި ދައުލަތުގެ ކުންފުނި ތަކުގެ އިތުބާރު ކަނޑުވާލަން މަސައްކަތްކުރާ މީހުނަށް ނޭނގޭ ކަމެއް އެބަ އޮތެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް ދައުލަތުގެ ވިޔާފާރި ކުންފުނިތައް އޮންނާނެކަމެވެ. އެ ބަޔަކު ވެރިކަމަށް އަޔަސް ކުންފުނިތަކުގެ އިތުބާރު ނަގާލުމުން ގެއްލުނު އިތުބާރު އަނބުރާ ހޯދާ ނުދެވޭނެ ކަމެވެ. ވެރިކަމުގެ މަސްތުގައި ވެސް ކުރަންވާނީ ކުރާވަރުގެ ކަންކަމެވެ. ހަމަ ތެދެކެވެ. ޔާމީނެއް ކަމަކު އެސްޓީއޯ ހަވަރަކަށް ނުދެވޭނެއެވެ.

    ]]>
    Thu, 03 Nov 2022 23:04:45 +0500 ހީރަސް
    އަލީ ރަމީޒު ފަތުރަފައި އޮތީ ދިރިހުރި މުންކަރާތް https://heerasnews.com/651 https://heerasnews.com/651 އެހެން ދީނެއްގެ ކަންކަން ރާއްޖޭގައި ކުރިއަރުވަން ހިތްވަރުދޭ ކަމުގެ ތުހުމަތު ތަކުރާރުކޮށް އަލީ ރަމީޒު މިސަރުކާރަށް އެބަ ކުރެއެވެ. މި ސަރުކާރު ވެރިކަމަށް އައިފަހުން މިވަނީ އެންމެ ހަތަރު އަހަރެވެ. އޯލެވެލް ފެންވަރަށް ކުއްޖަކު ކިޔަވާ ނިމިގެން ނިކުންނަން ވެސް ދިހަ އަހަރު ނަގައެވެ. ދީނާ ދެކޮޅު ހަރަކާތެއް ނުވަތަ މުންކަރާތެއް މިހާރު ހިންގިއްޔާ ހިންގާނީ އޭގެ މާކުރިން ތަރުބިއްޔަތުވެ ބޮޑެތިވެފައި ތިބި ބައެކެވެ. އެ ބަޔަކު ކުރި ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެ ބަޔަކާއި އެ ބަޔަކު ތަރުބިއްޔަތު ކުރި ބައެވެ.

    މި ސަރުކާރު އައިފަހުން ރާއްޖޭގައި ހިނގާ އެއްވެސް ލާދީނީ ކަމަކީ މި ސަރުކާރުން ބޭނުން ވެގެން މި ސަރުކާރުން ކުރުވާ ކަމެއް ނޫނެވެ. ދުނިޔެ މި އޮތީ ބަވަނަވެތި ވެފައެވެ. ދުނިޔޭގެ އެތަން މިތާ ހިނގާ ހުރިހާ ކަމެއް ވަގުތުން ވަގުތައް އެންމެނަށް އެނގި ފެނި ދެނި އެބަވެއެވެ. މިހާ ބޮޑަށް ހުޅުވިފައިވާ ދުނިޔެއެއްގައި އުޅޭ އިރު ދުނިޔެއަށް ޖެހޭ އޮޔާވައި މިރާއްޖެއަށް ވެސް ނުޖެހި އެއް ނުދާނެއެވެ. އެ އެއްޗަކުން ފެލޭނީ އެއްޗެއްގައި ހުރި ދިޔަ އެކެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. މި ސަރުކާރުން މިސްކިތްތައް ބިނާ ކޮށް އާބާތުރަ ނުފިލުވަނީ ހެއްޔެވެ. ހުކުރު ނަމަދާއި އީދު ނަމާދާ ކޭތަ ނަމާދު ނުކުރުވަނީ ހެއްޔެވެ. ފަސް ވަގުތު މިސްކިތް ތަކުން ބަންގި ގޮވާ ފަރުލު ފަސް ނަމާދު ގާއިމު ނުކުރުވަނީ ހެއްޔެވެ. ދީނީ ވައުޒާ ނަސޭހަތް ނުދެނީ ހެއްޔެވެ. ގުރުއާނާ އިސްލާމު ދީނުގެ އިލްމު ނުފަތުރަނީ ހެއްޔެވެ. އިސްލާމިކް ޔުނިވަރސިޓީ ނެތީ ހެއްޔެވެ. އިސްލާމް ދީން ކުރިއަރުވަން ކުރެވޭ މަސައްކަތެއް ހުއްޓުވީ ހެއްޔެވެ.

    ސިޔާސީ ގޮތުން ނަފްރަތު އުފައްދަން ދީން ނަހަމަ ގޮތުގައި ހިފަން އެކަކު ވެސް ނޫޅޭށެވެ. އިހުލާސްތެރި ކަމެއް ހުރި ނަމަ އިސްލާހުގެ ވާހަކަ ދައްކާނީ ޓްވިޓަރ ގައެއް ނޫނެވެ. ދީނީ ގޮތުން ތަންދޮރު ދަންނަ މީހުން މުއާމަލާތު ކުރާނީ ބުއްދި އިސްކޮށް ގެނެވެ. ސިޔާސަތުތައް ކަނޑައަޅާ ތަންފީޒު ކުރަން އަބަދުވެސް ތިބެނީ ރައްޔިތުން އެ ހިނދަކަށް ކަނޑައަޅާފައި ތިބޭ ބައެކެވެ. އެ މީހުންގެ ތެރޭގައި ދީނީ ގޮތުން ކަންކަމާ މެދު ވިސްނާ ގޮތް ތަފާތު މީހަކު ވެސް ހުރެދާނެއެވެ. ކޮންމެ ހާލަތެއްގައި ވެސް ދީނީ އިލްމުވެރިންނާ ދީން ފަތުރާ މީހުންގެ ކަމަކަށް ވާންވާނީ ކުށްވެރި ކުރުމާ ޖަދަލު ކުރުމާ ބަދުނާމުކޮށް އިލްޒާމު އެޅުވުމެއް ނޫނެވެ. 

    ކުރިއަށް ވުރެ ރާއްޖޭގައި ދީނަށް އުޅޭ މީހުން މިހާރު މާގިނައެވެ. ސުންނަތަށް ލޯބިކުރާ މީހުން މާ ގިނައެވެ. ނަމާދުކުރާ މީހުންވެސް މާ ގިނައެވެ. ސަރުކާރުން އެ ފުރުސަތު ނުދީ ދީން ކުރިއަރުވަން ހުރި ދޮރުތައް ބަންދު ކުރާނަމަ އެ ކަންކަން އެހެން ވީސް ހެއްޔެވެ. އެ ކަމަކު ބުނަން ހެއްޔެވެ. ދީނުމުގެ ނަމުގައި ފަސާދަ އުފައްދާ ޓެރެރިޒަމް ހިންގާކަށް ސަރުކާރުން ޖާގައެއް ނުދޭނެއެވެ. މީގެ ކުރިން މި ރާއްޖޭގައި އޮތް ސަރުކާރުތަކުގެ ތެރެއިން ނުފެންނަ ވަކި އާކަމެއް މިހާރަކު ވެސް ނުފެންނާނެއެވެ.

    ބުނަން ހެއްޔެވެ. މިހާރު ވެސް މިފެންނަނީ ހަވާނަފްސަށް މީހުން ލެންބުމަށް އެނގިގެން ވިޔަސް ނޭނގި ވިޔަސް އަލީ ރަމީޒު ކުރި މަސައްކަތުގެ ނަތީޖާއެވެ. ރާގުރާގަށް އިންސާނުން މާބުރަށާއި ކޮކާލާއި ހަނދަށް ހަދައިގެން މީހުން ވާ ވެއްދީ އަލީ ރަމީޒެވެ. ޑިޕްރެޝަނާއި އެންޒައިޓީއަށް މީހުން ވައްޓާލާ ލޯބީގައި ކުފުރު މަރުތަކަށް ހިތްވަރު ދިނީ އަލީ ރަމީޒެވެ. ﷲގެ ކުޅަދުން ވަންތަ ކަމުގެ ސިފަތަށް ލޯބިވާ މީހާއަށް ދީގެން އެ ތައް ބަޔަކު ލޯތްބަށް އަޅުކަން ކުރަން ޖެއްސުވި މީހަކީ އަލީ ރަމީޒެވެ. ކީހާ ލަވަތަކުން ފަތުރާ ދިނީ ޝަހުވަތްތެރި ކަމުގެ މެސެޖެވެ. ދިރި ހުރި މުންކަރާތެވެ. އެއީވެސް މި ސަރުކާރުން ކުރި ކަމެއް ހެއްޔެވެ. ޑިސްކޯތަކާ އެނޫންވެސް ޝަހުވަތްތެރި ކަމަށް ހިތްވަރުދޭ ހަފުލާތަކުން އިވެނީ އަދިވެސް އަލީ ރަމީޒުގެ އަޑެވެ. ޒުވާން އެތައް ޖީލެއް އަލީ ރަމީޒު ފެތުރި ލަދީނީ މުންކަރާތުގައި އެތިބީ ޖެހި ހަލާކު ވެފައެވެ. އަދިވެސް އެ ދަނީ ހަލާކު ވަމުންނެވެ.

    ]]>
    Thu, 03 Nov 2022 16:15:31 +0500 ހީރަސް
    ބަޖެޓް ހުށަހެޅިގޮތަށް ފާސްކޮށްނުދީ ކަންކަން ނުވާ ވާހަކަ ނުދައްކާތި https://heerasnews.com/650 https://heerasnews.com/650

    ބަޖެޓަކީ ހަމަ ތިބެފައި ޖަހާލާ އަދަދުތަކެއް ނޫނެވެ. ދައުލަތުގެ ހުރިހާ މުއައްސަސާ ތަކުން ދުރާލާ އެކޮޅު މިކޮޅު ބަލައިގެން އެކުލަވާލާ އެއްޗެކެވެ. ކުރެވިފައި ހުރިކަންތަކާއި ކުރަންފަށައި ނުނިމި ހުރި ކަންކަމާއި ކުރިއަށް އޮތް އަހަރު ކުރެވެން ހުރި ކަންކަމަށް ބަލައި ހިސާބު ޖަހައިގެން ހަދާ އެއްޗެކެވެ. ވަކިކަމެއް ވަކިގޮތަކަށް ނުކުރެވިއްޖެ ނަމަ ދިމާވެދާނެ ގޮންޖެހުންތަކަށް ވެސް ބަޖެޓް ހެދުމުގައި ފުންކޮށް ރިއާޔަތް ކުރެއެވެ. ބަޖެޓް ހަދަނީ ކުރަމުންދާ ކަންކަމުގެ ތެރެއިން ހުއްޓާލަން ޖެހޭ ކަންކަމާއި އަލަށް ފަށަންޖެހޭ ކަންކަމާއި އެކަމެއް ކުރެވެން އޮތް ގޮތް އެނގިގެން އެހުރިހާ ކަންކަމަށް ރިއާޔަތް ކޮއްގެންނެވެ.

    ދައުލަތުގެ އެންމެހާ ކަންކަން ކުރެވޭން އޮތްގޮތާ ކުރާނެ ގޮތް އެނގޭނީ އެކަމެއް ކުރުމާ ހަވާލުވެ ތިބި ބަޔަކަށެވެ. ހުރިހާ މުއައްސަސާ ތަކުން އެތަނެއްގެ ބަޖެޓް އެކުލަވާ ލުމަށްފަހު ދައުލަތުގެ މާލީ މުއައްސާއަށް ފޮނުވުމުން އެ ތަނުން ބަލަންޖެހޭ ބެލުން ތަކެއް ބަލާ މުއައްސަސާތަކާ މަސްވަރާ ކުރެއެވެ. ގެނެވެން އޮތް ހެޔޮ ބަދަލެއް މަސްވަރާކޮށްގެން ގެނެއެވެ. އުނިކޮށް އިތުރު ކުރަންޖެހޭ ކަންކަމަށް އުނި އިތުރު ގެނެއެވެ. އެހިސާބަށް ދާއިރު ހާލަތާ ގުޅޭ ގޮތުން ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތައް އޮންނަނީ އައިސް ނިމިފައެވެ. ހަރަދު ކުރާނެ ގޮތާއި އާމްދަނީ ހޯދާނެ ގޮތާއި އޮންނަނީ ރަނގަޅަށް ތަރުތީބު ކުރެވިފައެވެ. ބަޖެޓުގެ ހުރިހާ ކަމެއްހެން ނިންމަނީ ފަންނީ ގާބިލު މީހުންގެ އެތައްބަޔަކު އެއްވެ ތިބެއެވެ. ސިޔާސީ ތައައްސުބުން ނެއްޓި ތިބެ ދައުލަތް ހިންގުމަށް ފަހިވާ ގޮތަށެވެ.

    ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅަނީ ކަންކަމުގެ އެ ހުރިހާ ތަފްސީލުތަކާއި އެކުގައެވެ. ބަޖެޓް މަޖިލީހަށް ފާސް ކުރަން ފޮނުވަނީ ސިޔާސީ ހަސަދައިގައި ދައުލަތުގެ ހިންގުމުގެ ވާގި ނައްތާލާކަށް ނޫނެވެ. ކޮންމެ އިރަކު ވެސް ދައުލަތް ހިންގަން ތިބެނީ ކޮންމެ ވެސް ބައެކެވެ.

    ރައްޔިތުންގެ މަންދޫބުންގެ ވިސްނުން ހުންނަން ވާނީ ވަކި މީހަކު ވެރިކަމުގައި ނެތުމުން ވެރިކަމުގައި ހުރި މީހާގެ ހަތަރެސް ފައި ބަނދެފައި ފަތަން މޫދަށް އެއްލާ ގޮތަކަށް ނޫނެވެ. ރައްޔިތުންނަށް ދައުލަތުން ކޮށްދޭން ޖެހޭ ކަންކަން ކުރިޔަ ނުދޭ ގޮތަކަށް ނޫނެވެ. ހަމައެއް ލަމައެއް ނެތި ކޮށާ ކުދިކޮށް ބޮޑުކުރާ ގޮތަކަށް ވެސް ނޫނެވެ.

    ހިންގުމުން ބޭރުގައި ތިބޭ މީހުނަށް ކަންކަން ފެންނަ ގޮތާ ދުރު ތިބީންނަށް ފެންނަ ގޮތް ތަފާތު ވާނެއެވެ. ދުރު ތިބީންނަށް ގިނަ ފަހަރަށް އެނގޭނީ ގޮތް ކިޔާށެވެ. ދިމާވާ ގޮޖެހުންތަކާއި ހައްލެއް ގިނަ ފަހަރަކަށް ނޭގޭނެއެވެ.

    އާނއެކެވެ. ރައްޔިތުންގެ މަންދޫބުންނަށް ސުވާލު އުފެދޭ ކަންކަން ވެސް ބަޖެޓްގައި ހުންނާނެއެވެ. ސުވާލުތަކަށް ޖަވާބު ހޯދުމާއި ކަމެއް ބަޖެޓްގައި ހިމެނިފައި އޮތް ވިސްނުމެއް ސާފު ކުރަން ވާނެއެވެ.

    މިހެން މި ވާހަކަ ދައްކާއިރު މަޖިލީހުން ބަޖެޓް ދިރާސާ ކުރާކަން ވެސް އެނގެއެވެ. ރަނގަޅު ވިސްނުމުގައި އުފެއްދުންތެރި މަސައްކަތް ކުރާ މެންބަރުން ވެސް މަދެއް ނޫނެވެ. ދެރަކަމަކީ ވަކި މީހަކު ވެރިކަމުގައި ހުރީތީ އެ މީހެއްގެ ވާގި ނައްތާލަން ކޮންމެ ކަމެއްގެ ގޯސް ނަޒަރިއްޔާ ޕްރަމޯޓު ކުރާ މެންބަރުން ތިބުމެވެ. އެ ޒާތުގެ މެންބަރުންނަށް ރަނގަޅު އެއްކަމެއް ވެސް ނޯވެއެވެ. އެކަމަކު ހުރިހާ ކަމެއް ވެސް ދައުލަތުން ކޮށްދޭން ޖެހެއެވެ. ކަމެއް ކުރެވޭނެ ގޮތް ހަދާދީގެން ނުވެއެވެ. ފަހުން ކަންކަން ނުވާ ވާހަކަ ދައްކާ އާޑަ ފުރައްސާރަ ކުރާނީ ވެސް ހަމަ އެ މީހުނެވެ.

    ތަނެއް ދޮރެއް ނުބަލާ ސިޔާސީ މަގުސަދެއް ހާސިލު ކުރަން ބަޖެޓަށް އެގޮތް މިގޮތް ހަދައިގެން ފާސް ކޮށްދޭ ބަޖެޓަކުން ރައްޔިތަކަށް ވާނެ މޮޅެއް ނުއޮންނާނެއެވެ. ގައުމު އިނދަ ޖެހި ބަނގުރޫޓުވުން ނޫން ކަމެއް ނުވާނެއެވެ. ތައައްސަބުން ފުރިގެން ތިބެ ހިތުހުރި ގޮތެއް ހަދައިގެން ބަޖެޓް ފާސް ކުރުމަށް ފަހު ކަންކަން ނުކުރެވޭ ވާހަކަ ނުދައްކައްޗެވެ.

    ]]>
    Wed, 02 Nov 2022 17:14:33 +0500 ހީރަސް
    ހަށިވިއްކުމުގެ ވިޔަފާރި ޔާމީނު ކުރަނީތަ! https://heerasnews.com/649 https://heerasnews.com/649

    އިމިގްރޭޝަނުން ޕާސްޕޯޓްގައި އެތެރެވުމުގެ ތައްގަޑު ޖެހިގެން ރާއްޖެ އެެތެރެވާ ކޮންމެ މީހަކު ވާނީ ސަރުކާރުން އެތެރެ ކުރި މީހަކަށް ތާއެވެ. އެ މީހަކު ރާއްޖެ އައިސް ރާއްޖޭގައި ކުރާ ކޮންމެ ކަމެއް ވާނީ ސަރުކާރުން ކުރުވާ ކަމަކަށްތާއެވެ. ގަވައިދުން ހުއްދަ ލިބިގެން ރާއްޖެ އެތެރެވާ ބޭރު މީހުން ލައްކަ ކަންކަން ރާއްޖޭގައި ކުރެއެވެ.

    ރަނގަޅު ކަންކަމާއި ނުބައި ކަންކަމެވެ. ރާއްޖޭގައި ބޭރު މީހަކު ކުރާ ކޮންމެ ނުބައި ކަމެއް ވަނީ ސަރުކާރުން ކުރުވާ ކަން ކަމަށެވެ. އަމްދުން އެތައް ބިލިޔަން އުޅޭ އިންޑިޔާއިން ރާއްޖެ އައިސް އުޅޭ މީހެއްގެ ފަރާތުން ކިރިޔާ ވެސް ވިޔާނުދާ ކަމެއް ފެނިއްޖެތަ! އެދެން ކަމާ ޖެހުނީއެވެ.

    އިންޑިއާ މީހަކު މިސްކިތެއްގެ ކުރި ކަނޑާލިޔަސް އެ ހިސާބުން އެ މިސްކިތް ފައްޅި އަކަށް ބަދަލު ކުރަން ސަރުކާރުން އުޅޭކަމަށް ހަދައެވެ. ގޭގައި ގެންގުޅޭ އިންޑިއާ މީހާ މެޑަމަށް ފެން ހިއްކާ ތުވާލި ގެންގޮސް ދިނަސް އެކަން އެ ކުރަނީ ވެސް ސަރުކާރުން ބުނެގެންނެވެ. ރާއްޖޭގައި އިންޑިއާ މީހަކު ފޮޑިއެއް ޖަހަނީ ވެސް ސަރުކާރުން ބުނާ ބާރު މިނަކަށެވެ.

    އެކި ސިޔާސީ ފިކުރުގެ އެކި ދީނުގެ އެކި ނަސްލުގެ މީހުން އުޅޭ އިންޑިއާއިން ރާއްޖެއަށް އަންނަނީ މޯދީ ފޮނުވައިގެން އަންނަ އިންޑިއާ މީހުންނެވެ. ފަތްކޭލާ ބިހާ އަލުއްވާ ފިޔާ ބަރުކޮށްގެން ކަސްޓަމް ސަރަހައްދަ އައިސްއުޅޭ ބަނގަލާ އޮޑިފަރަކީ ވެސް ސަރުކާރުން ބުނެގެން ހިންދީ ދީން ފަތުރަށް އަންނަ ބަޔަކީތާއެވެ.

    އިންޑިއާ އަށް ނިސްބަތްވާ ހަތަރު މީހަކު ރާއްޖެ އައިސް ސަރުކާރުގެ އެއްބާރުލުމާއެކު ނަސާރާދީނުގެ ފޮތް ތަކެއް ބަހައިގެން އުޅޭކަމަށް ވެގެން ބަޔަކު ނެގި ނެގިފައި އެބަ ޖެހެއެވެ. އަރަތްބަކު ވެސް، ތަމަޅައަކު ވެސް. ދިވެއްސަކު ވެސް އެޒާތުގެ ކަމެއް ނުކުރާނެއޭ ބުނާކަށް ނެތީމެވެ. މައްސަލައަކީ ކޮންމެ ވިޔާނުދާ ކަމެއް ސަރުކާރަށް ފޫޅުކަނޑައިގެން ސިޔާސީ ޗަރުކޭސް ކުޅުމެވެ. އަނެއްކާ މިދާކަށް ދުވަހު ބަންގާޅު ސޮރެއްގެ ހަވާދު ގުދަނަށް އެތައް ބައިވަރު ދިވެހިން ވެއްދީ ވެސް ސަރުކާރުން ކަމަށް އޮތީ ހަދާފައެވެ.

    ކުށްހީއާއި އަސްލެއް ނެތް ބުނިބުނި ވާހަކަ ތަކުގެ މައްޗަށް ސަރުކާރު ބަދުނާމު ކުރަން ފޫގަޅާފައި ތިޔަ ތިބީ މާ ވަރަކަށެވެ. މީހަކު ކުރާކަމެއް ކުރަނީ ސަރުކާރުން ރުހިގެންނޭ އެމީހަކު ބުނުމުން އެއީ ތެދަކަށް ވާނެ ހެއްޔެވެ. ޔާމީނު ވެރިކަން ކުރި ދުވަސްވަރު ރާއްޖެއަށް ގިނަ އަދަދަކަށް ބެންކޮކާ ފިލިޕިންސުން އަންހެނުން ރާއްޖެ އައެވެ. އޭގެތެރޭން ގިނަބަކު އުޅުނީ މަސާޖުޕާލަރ ނަމުގައި ތަންތަން ހަދައިގެން ހަށިވިއްކާށެވެ. އޭރު އެ މީހުން ހަށިވިއްކީ ޔާމީނު ސަރުކާރުން އެ މީހުން ގާތު އެކަން ކުރާށޭ ބުނެގެން ހެއްޔެވެ.

    (ފައިލް ފޮޓޯ: ސަން.އެމްވީ)

    ހެންވޭރު ދޫވެހި ކައިރިން ތައިލެންޑް ދެއަންހެން ކުދިންނާ ދާދިފަހުން ދިމާވިއެވެ. އެ މީހުން އެތާ ކީއްތޯ ކުރަނީ އަހާލީމާ ބުނީ އަޖައިބު ކުރަނިވި ވާހަކައެކެވެ. އެ މީހުން އެ އައީ ހަށިވިއްކާ ދެ ތަނަކުން އެ ހަފްތާގައި ލިބުނު ފައިސާގެ ތެރެއިން ޔާމީނަށް ވީ ބައި ހަވާލުކޮށްފައި ކަމަށެވެ. އެ ދެ އަންހެނުން އެބުނީ ތެދެއް ކަމަށް ދެކިގެން އެ ވާހަކަ ނޫހެއްގެ ފަލަސުރުހީ އަކަށް ޖަހާ ލެވިދާނެއެވެ. އެކަމަކު އެއީ ހައްގު ތެދަށް ވުމަށް ވުރެ ގާތީ ނުވުމާއެވެ.

    ޔާމީނު ވެރިކަމުގައި އެމްއެމްޕީއާރުސީ ދަވާލީ ޔާމީނު ކަމަށް އަދީބާއި ޒިޔަތާ އަދިވެސް އެތައް ބަޔަކު ބުނާއިރު އެއީ ތެދަކަށް ނުވެއެވެ. އެކަމަކު މި ސަރުކާރު ގެތެރޭގައި ހުރި މީހަކު އޭނާގެ އަމިއްލަ ހައިސިއްޔަތުން ކުރާ ކޮންމެ ގޯސްކަމެއް ވެސް ވަނީ ސަރުކާރުން ކުރާ ކަމަކަށެވެ. މި ވެރިކަމުގެ މުއްދަތުގެ ތެރޭގައި ބޭރު މީހަކު ރާއްޖޭގައި ވިޔާނުދާ ކަމެއް ކުރިޔަސް އެ ކަމަކީ ރައީސް ސާލިހު ކުރުވާ ކަމަކަށް ހަދައިގެން ސުރުހީ ހަދަނީ އިސްލާމް ދީނުގެ ކޮން ރުކުނަކަށް ވެގެން ހެއްޔެވެ. 

    ]]>
    Wed, 02 Nov 2022 12:04:33 +0500 ހީރަސް
    ވެރިކަމާހުރެ އިދިކޮޅުން ލާރދީގެން ޝިރްކު ކުރުވަން ފަސްނުޖެހުން: ބޮޑު ނުރައްކަލެއް. https://heerasnews.com/648 https://heerasnews.com/648 ޔާމީނު އައްޑުއަށް ދާތީ އިދިކޮޅުން ކޮންމެވެސް ފިތުނައެއް ހަދާނެ ކަމަށް ކުރިންވެސް އޮތީ ހީކުރެވިފައެވެ. 

    ހިތަދޫގެ މަގެއްގައި ތާރު އަޅަން ތައްޔާރު ވީމާ ސަރުކާރު މީހެއްކަން ދައްކަން ޓައީއެއް އަޅައިގެން މީހަކު އައިސް އެތާ ހުންނަ ބިދޭސީ ސުޕަވައިޒަރާ ބައްދަލު ކުރުމަށް އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ އޭނާއަށް އެއީ ޕީޕީއެމްގެ އެޖެންޓެއް ކަމެއް ނޭނގޭނެއެވެ.

    ޓައީ އަޅައިގެންއައި ޕިޕީއެމް އެޖެންޓް ސްޕަވައިޒަރ އަތަށް 300 ޑޮލަރު ދީފާ 5 ކާށި ގަނެގެން ކާށި ޖަހައިގެން ތާރު އަޅަން ފަށަން ބުނުމަކީ ބޮޑު ކަމެއް ވެސް ނޫނެވެ. 300 ޑޮލަރަށް 5 ކާށި ގަނެ ބާކީއަށް ސައިބޯލަން ބުނުމަކީ ކިހާ ބޮޑު ރަނގަޅެއް ހެއްޔެވެ؟ އެކަމެއް ނުކުރާނެ ކަމެއް ވެސް ނެތްތާއެވެ.

    ތާރު އަޅަން ފަށާއިރު ރާވާ، ލާރި ދީފައި އޮތް ގޮތަށް ކާށިޖަހާތަން ވީޑިއޯ ކުރަން ތައްޔާރު ވެފައި ތިބި މިންވަރު ކުޑައެއް ނޫނެވެ. 

    ދީން ވިއްކައިގެން، ޝަރީކު ކުރުވައިގެން ވެސް ހުކުރަށް ނުދާ މީހަކު ވެރިކަމަށް ގެންނަން ފޫގެޅުން އެއީ ނުބައި ނުލަފާ ކަމުގެ ނިހާޔަތެވެ.

    ]]>
    Wed, 02 Nov 2022 06:31:20 +0500 ހީރަސް
    އާރޓީއެލް ސަބްސިޑީއަކީ ޔާމީނަށް ބޮޑު ގެއްލުމެއް https://heerasnews.com/647 https://heerasnews.com/647

    އާރުޓީއެލް ދަތުރު ފަތުރުގެ ނިޒާމަކީ ރައްޔިތުންނަށް ދޭ ގެއްލުމެއް ގޮތުގައި ސިފަވާ ބަޔަކީ ރައްޔިތުނަށް ލުއިފަސޭހައެއް ވުމަށް ނޭދޭ ބައެކެވެ. އޭރުޓީއެލަށް ސަރުކާރުން ސަބްސިޑީ ދިނުމަކީ ދައުލަތަށް ދޭ ގެއްލުމެއް ކަމަށް ދެކޭ ބަޔަކު ރައްޔިތުންގެ ވެރިންނަށް ލާން ހެޔޮ ނުވާނެއެވެ.

    ރައްޔިތުންނަށް ރަނގަޅެއް ލުޔެއް ވާން ޔާމީނުގެ ބައިގަނޑު ނޭދޭވަރު އެބަ އެނގޭ ނޫންހެއްޔެވެ. އިރު ކޮޅަކުން އާސަންދައަކީ ވެސް ގެއްލުމެކޭ މިބައިގަޑު ބުނެފާނެއެވެ. ކަނޑު މަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމާއި ގެއްލޭ މީހަކު ހޯދަން ކުރާ ހޭދައަކީ ވެސް ގެއްލުމެކޭ ގޮވަން ފަށާ ފާނެއެވެ. ހާލު ބޮޑު ބަލި މީހަކު އެމްއެންޑީއެފުން އެއަރކްރާފްޓެއްގައި ޑޮކްޓަރުންނާ ހަމަޔަށް ގެނައުމަކީ ގެއްލުމެއް ކަމަށް ބުނެ ފާނެއެވެ.

    ނަމާދަށް އަރާ މީހުން އަތުން ފައިސާ ނުނަގާތީ މިސްކިތް އެޅުމަކީ ބޮޑު ގެއްލުމެއް ކަމަށް ބުނަން ވެސް މި ބައިގަނޑު ފަހަށް ނުޖެހޭނެއެވެ. އަޅާ ފިޔަވަޅަށް ލާރި ނުލިބެންޏާ މަގު ހެދުން ވެސް ވާނީ ގެއްލުމަކަށް ކަމަށް ބުނެފާނެއެވެ. ރަށްރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށްގެން ފައިސާ ނުލިބެންޏާ އެވެސް ވާނީ ގެއްލުމަކަށް ކަމަށް ހަދާނެ ތާއެވެ.

    ބަނދަރުތައް ހަދާ ބިން ހިއްކުމަކީ ޕީޕީއެމް ފިކުރަށް ވާނީ ގެއްލުންމަކަށް ތާއެވެ. ސްކޫލުތައް އަޅާ މުއައްޒަފުންނަށް މުސާރަދީ އެ ތަންތަން ހިންގަން ހަރަދު ކުރުމަކީ ބޮޑު ގެއްލުމެކޭ މާދަމާ ގޮވާނެއެވެ. ލޯނު ނަގައިގެން ބުރިޖުއަޅާ އެތަން ބެލެހެއްޓުމަށް ހަރަދު ކުރުމަކީ ވެސް ހާދަ ބޮޑު ގެއްލުމަކަށް ވާނެތާއެވެ. ބުރިޖު ނިމިގެން ގިނަ ދުވަހު ވެރިކަމުގައި ނުތިބެވުނުކަން ރަނގަޅެވެ. ތިބިނަމަ ހަން ދަމާލީސް ކަން ކަށަވަރެވެ.

    ބުނަން ހެއްޔެވެ. ސަރުކާރުން ރައްޔިތުންނަށް ގާއިމު ކޮށްދޭ ލުއިފަސޭހަ ދަތުރު ފަތުރުގެ ނިޒާމަކީ ނަފާ ހޯދަން ކުރާ ވިޔަފާރިއެއް ނޫނެވެ. ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި 300.6 މިލިއަން ރުފިޔާ ހިމަނާފައި އޮތުމުން ވާނުވާ ނޭގި އަމިއްލައަށް ބަރަހަނާ ވެވޭއިރުވެސް ނޭގެއެވެ. ކަރަންޓްގެ ހިދުމަތަށް ސަރުކާރުން ސަބްސިޑީ ނުދޭނަމަ ރައްޔިތުން ކަނު އަދިރީގައި ތިބޭނެތާ ކޮން ދުވަހެއް ހެއްޔެވެ. ފެނަށް ސަބްސިޑީ ނުދޭނަމަ ގައިން ބޮލުން ތާހިރު ވެވުނީސް ހެއްޔެވެ. ސިޔާސީ ގޮތުން ފިތުނަ އުފައްދަން ވެސް ހަމަޖެހޭ އެއްޗެއް ކިޔާށެވެ. އަމިއްލައަށް ތިޔައެޅެނީ ބޮލާފޮށައެވެ.

    އާނއެކެވެ. އާރުޓީއެލްގެ ހިދުމަތަށް ނަގާ ރަމްޒީ އަގުން ލިބޭ އެއްޗަކުން ހިނގާ ހަރަދުގެ ދިހައެއް އިންސައްތަ ވެސް ނުލިބޭނެއެވެ. ލިބޭކަށް ނުވެސް ޖެހެއެވެ. އެހެނަސް އެމްޓީސީއަކީ ސަރުކާރާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުންގެ ހިއްސާ އޮންނަ ވިޔާފާރި ކުންފުންޏެކެވެ. އެ ކުންފުނިން ކުރާކަމެއް ކުރާނީ ކުންފުންޏަށް ގެއްލުން ނުވާ ނަފާ ލިބެނިވި ގޮތަކަށެވެ. 

    އެހެން ކަމުން ރައްޔިތުންނަށް ތަކުލީފު ނުޖައްސާ އަގު ހެޔޮ އަރާމު އަވަސް ދަތުރު ފަތުރުގެ ހިދުމަތެއް ދެމެހެއްޓޭނީ ސަރުކާރުން ސަބްސިޑީ ދީގެންކަން އެންމެ ތުއްތު ކުއްޖާއަށްވެސް އެނގޭނެއެވެ. ދަތުރފަތުރު ހިންގުމަށް ދޭ ސަބްސިޑީއަކީ ދައުލަތަށް ވާގެއްލުމެއް ކަމަށް ބުނެ އާރުޓީއެލް ހިދުމަތް ހުއްޓުވަން އުޅޭނެ ކަމެއް ނެތެވެ. އެކަމެއް ނުވާނެއެވެ. އާރުޓީއެލުން މުޅިރާއްޖެ ގުޅާލާ ސަބްސިޑީ ދީގެން ދެމެހެއްޓެނިވި ގޮތެއްގައި ދަތުރފަތުރގެ ހިދުމަތް މިސަރުކާރުން ދިނުން ޔާމީނަށް ވާނީ ވަރަށް ބޮޑު ގެއްލުމަކަށެވެ.

    ]]>
    Tue, 01 Nov 2022 23:43:12 +0500 ހީރަސް
    ހެޔޮވެރިކަން: މި ސަރުކާރުގެ ތަފާތު ފުޅަދޫން ފެނޭ https://heerasnews.com/646 https://heerasnews.com/646 އާބާދީގެ ގޮތުން މަދުން މީހުން ދިރިއުޅޭ ރަށްރަށަކީ އިހު ޒަމާނުއްސުރެ އަސާސީ ހިދުމަތްތަކުން މަހުރޫމުކޮށްފައި އޮންނަ ރަށް ތަކެކެވެ. ރައީސް ސާލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވަން ދެން އެކަން އޮތީ އެ ގޮތަށެވެ. އެހެން ހުރިހާ ވެރިންނާ ރައީސް ސޯލިހުގެ ތަފާތަކީ ތަފާތު ނުކުރުމެވެ. އެއްވެސް ތަފާތެއް ނެތި ކޮންމެ ދިވެހި ރައްޔިތަކަށް އެ މީހަކު ދިރިއުޅޭ ރަށަކުން އަސާސީ ހިދުމަތްތައް ލިބެންވާނެ ކަމަށް ރައީސް ސާލިހު ދެކިވަޑައި ގަންނަވައެވެ.

    އަބާދީ ކުޑަބޮޑު މިނެއް ރަށުގެ ސައިޒެއް އެ މަނިކުފާނަކަށް މުހިންމެއް ނޫނެވެ. އެ މަނިކުފާނަށް މުހިންމީ ދިވެހިރައްޔިތު މީހާއެވެ. އެ މީހާއަށް އަސާސީ ހިދުމަތް ލިއްބައި ދިނުމެވެ. ފަސޭހަ ކަމާއެކު ކޮންމެ ރަށަކަށް ލަފާ ފުރޭނެ ގޮތްވުމެވެ. ރައްކާތެރި ގޮތުގައި ބޭނުންވާ މިންވަރަށް ކަރަންޓުގެ ހިދުމަތް ކަށަވަރުކޮށް ދިނުމެވެ. ސާފުތާހިރު ރައްކާތެރި ފެނާއި ނަރުދަމާ ޔަގީންކޮށް ދިނުމެވެ. ކުދިކުދި އާބާދީތައް ބާކީ ނުކުރުމެވެ. 

    ބ. އަތޮޅު ފުޅަދޫއަކީ ކުޑަކުޑަ އާބާދީ އަކަށް ވިޔަސް މުރާލި މަސައްކަތެރި ރައްޔިތެއް އުޅޭ ރަށެކެވެ. ދުނިޔެ ހެއްދެވީއްސުރެ އެ ރަށަށް ލަފާ ފުރޭނެ ގޮތެއް ނޯވެއެވެ. ހުޅަނގު މޫސުމުގައި އެ ރަށު މީހުންނާ އެ ރަށަށް ދާ އެހެން މީހުން ވެސް ދާން ޖެހެނީ އެއްފަޅުގައި އޮންނަ ގޮއިދޫ ނެރަށެވެ. އިރުވާ މޫސުމުގައި އެ ފުޅަދުއަށް ދާން ވަންނަން ޖެހެނީ ދޮރުކަނޑުންނެވެ. ދޮރުކަނޑުން ވަންނަ "ދެސިލިންޑަރ" ގެ ދޯންޏަކަށް އެ އެރަށާ ކައިރި ކުރެވޭނީ ބައިގަޑިއެއްހާ އިރުންނެވެ. ގޮއިދޫ ނެރުން ވަނަސް އެ ރަށަށް ފޯރަނީ ވިއްސަކަށް މިނިޓުންނެވެ. ބޮޑު ދިޔައިގައި ނޫނީ ގޮއިދޫ ނެރުން ވަދެގެން އާދައިގެ މަސް ދޯންޏަކަށް ވެސް ފުޅަދުއަށް ދިޔު މަކީ މުސްތަހީލު ކަމެކެވެ. އިރުވާ މޫސުމުގައި ގޮއިދޫ ނެރުން ވަނުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. 

    ރައީސް ސާލިހުގެ ސަރުކާރު ފެށުނު ފަހުން ފުޅަދޫގެ ލަފާފުރުމުގެ ހިތްދަތި ވޭންދެނިވި މައްސަލަ ހައްލުކޮށް ދެއްވައިފިއެވެ. އެ ރަށު ރައްޔިތުން ހުވަފެނުން ވެސް ނުދެކޭ ފަދަ ޒަމާނީ ބަދަރެއް އެ ރަށުގައި ހައްދަވާ ދެއްވައިފިއެވެ. އެ ރަށަށް ވަދެ ނިކުމެ އުޅުމުގައި އެއްވެސް ދައްޗެއް މިހާރަކު ނެތެވެ. ގޮއިދޫ ނެރާ ދޮރުކަނޑު މަތިން އެ ރަށު މީހުން ހަނދާން ނެތިއްޖެއެވެ.

    ފުޅަދޫ ބަނދަރު: މަސައްކަތް ހިނގަމުން ދިޔައިރު

    ރަށު ރައްޔިތުންގެ ލެޔާއި ދާ އޮހުރުވައިގެން އަމިއްލަ ފަރާތެއްގެ އެހީތެރިކަމުގައި ފަށައިގެން، ފެން ގޮތެއްގައި ދެމުން އައި ކަރަންޓްގެ ހިދުމަތަކީ ގެސްޓު ހައުސް ވިޔަފާރި ތައާރަފު ވުމާއެކު ބަލިމީހަކަށް އައިވީ ދޭ އުސޫލުން ލިބޭ އެއްޗަކަށް ބަދަލުވެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވީ ވުން ވެސް މި ވެރިކަމުގައި ހައްލުކޮށް ދެއްވައިފިއެވެ. ފެނަކައިން އެންމެ މި ޒަމާނުގެ އިންޖީނުގެއެއް ބިނާކޮށްދީ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީފިއެވެ.

    ފުޅަދޫ އިންޖީނުގެ

    އަނެއް ކޮޅުން ފުޅަދޫގެ އަޑީ ފެން ލޮނު ކަމުން ބޯން ކަމުދާ ވަރެއް ނޫނެވެ. ހަނިހަނި ރަށެއް ކަމުން ފަހާނާ ޖަންގްސަން ތަކުގެ ފެން ބިމަށް ހިނދި އެ ލޮނުފެން ފަށަލަ ވެސް މިހާރު  އޮތީ ނަޖިހުން ތަގައްޔަރު ވެފައެވެ. ސަރުކާރު ތަކުން އިހުމާލު ކޮށްލާފައި އޮތް ފުޅަދޫ ކަހަލަ ކިތަންމެ ރަށެއް ރާއްޖޭގައި އޮތެވެ. 

    ބ. ފުޅަދުއަކީ މުޅި ދުނިޔެއަށް މަޝްހޫރު ޓޫރިސްޓް ޑެސްޓީނޭޝަނެކެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ގެސްޓް ހައުސް ވިޔަފާރިއަށް ފުޅަދޫ ވަރު ރަށެއް މަދު ވާނެއެވެ. އެ ރަށަށް ލަފާ ފުރުން ފަސޭހަވެ ކަރަންޓް ޔަގީންވެ ސާފުފެން ލިބުމަކީ އަސާސީ ހިދުމަތްތައް ޔަގީން ކޮށްދިނުމާ އެއްވަރަށް ރާއްޖޭގެ އިގްތިސާދީ މަންފާއަށްޓަކާ ވެސް ކުރުން ލާޒިމު ކަމެކެވެ.  

    މަދުން މީހުން ދިރިއުޅޭ މި ފަދަ ކުދި އާބާދީތަކަށް ހަމަހަމަ ސިޔާސަތެއް އެކުލަވާލާ، ރާއްޖޭގައި އޮތް މީގެ ބައެއް ރަށްރަށުގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް ހިދުމަތްދޭން ވަނީ މި ވެރިކަމުގައި ފަށާފައެވެ. މި އާއެކު ބ. ފުޅަދޫ ރައްޔިތުންގެ އުންމީދުވެސް އައުވެގެން ދިޔައެވެ.
    ފެން ތަގައްޔަރު ވެފައިވާ ފުޅަދޫއަކީ ހިތްގައިމު ދޮންވެލި ފިނޮޅުތަކާއި ކަނޑުގެ ދިރުމުގެ މުއްސަނދި ކަމެއް ލިބިފައިވާ ފަރެއް އޮންނަ ރަށަކަށް ވުމުން އެ ރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ވެސް ގިނައެވެ.

    ފުޅަދޫ: ގެސްޓް ހައުސްއެއް

    މަސްވެރިކަމާއި ފަތުރު ވެރިކަމަށް ބިނާ ވެފައިވާ ފުޅަދޫ ރައްޔިތުންނާއި، އެ ރަށަށް ޒިޔާރަތްކުރާ މީހުންގެ ވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑު ވުމަކީ ފެން ތަގައްޔަރުވެ ފެނުން ނުބައިވަސް ދުވުމެވެ. ރައްކާތެރި ފެނުގެ ނިޒާމެއް ނެތުމެވެ. ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއްނެތި ރާއްޖޭގެ ރަށްތައް ތަރައްގީ ވެގެން ނުދާނެކަމާއި، ދުޅަހެޔޮ ވެއްޓެއް ބިނާ ނުކުރެވޭނެކަން ރައީސް އަބަދުވެސް ގަބޫލު ކުރައްވައެވެ.

    އާބާދީގެ ގޮތުން މަދުބަޔަކު ދިރިއުޅުނު ނަމަވެސް ސަރުކާރުގެ ސިޔާސަތުގެ ދަށުން ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމް ފުޅަދޫގައި ގާއިމް ކުރުމުގެ މަސައްކަތް ފެށުމަށް ފެނަކަ ކޯޕަރޭޝަނުން އަންނީ ތައްޔާރުވަމުންނެވެ. އެ ގޮތުން ފެންޕްލާންޓް އަޅާނެ ބިންސާފު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ މަސައްކަތް ނިމުމުން އަމަލީ މަސައްކަތް ލަހެއްނުވެ ފެށޭނެ ކަމަށް ފެނަކައިން ބުނެއެވެ. މަސައްކަތް ފެށުމަށް ބޭނުންވާ ބައެއް ސާމާނު މިހާރު ވަނީ އެ ރަށަށް ގެންގޮސްފައެވެ. އަދި އެ މަސައްކަތައް ބޭނުންވާ މުވައްޒަފުން ވެސް އެ ރަށުން މިހާރު ވަނީ ނަގާފައެވެ. 

    ]]>
    Tue, 01 Nov 2022 18:27:11 +0500 ހީރަސް
    ހެޔޮވެރިކަން: ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން https://heerasnews.com/645 https://heerasnews.com/645 ނ. ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ވެސް ރައީސް ސާލިހުގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ޖަޒީރާވަންތަ ދިރިއުޅުމެއް އުފާވެރި އަމާން ވެއްޓެއްގައި، އެންމެނަށް އުޅެވޭނެ ގޮތް ހައްދަވާ ދެއްވުމަކީ ރައީސް ސާލިހުގެ ހެޔޮވެރި ކަމުގެ އެއް ބައެވެ. 

    އެގޮތުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކޮށްގެން ނ. ހޮޅުދޫ މަގުތައް ތަރައްގީ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުގެ ނިންމުމާއި އެއް ގޮތަށް މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިހާރުވަނީ ސޮއި ކޮށްފައެވެ. ހޮޅުދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް އަމަޅީ މަސައްކަތް ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރެވެމުންނެވެ.

    ފެން ބޮޑުވެފައިވާ މަގެއް: ނ . ހޮޅުދޫ 

    ނ. ހޮޅުދޫގެ މަގުތައް ތަރައްގީ ކުރުމުގެ މަސައްކަތަކީ ރަށުގެ ކައުންސިލުން ވެސް ސަރުކާރުގައި އެދެމުން އަންނަ ކަމެކެވެ. އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހޮޅުދުއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރަށުގެ ކައުންސިލުން ވަނީ އެ ރަށުގެ މަގުތައް ތަރައްގީ ކޮށްދެއްވުމަށް ރައީސަށް ދަންނަވާފައެވެ.

    އަޑިގުޑަން ވުމާއި ވިއްސާރަ ދުވަސްވަރު ފެން ބޮޑުވުމުގެ މައްސަލަ ބޮޑު ހޮޅުދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ރަށުގެ 4.3 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައިގެން މަގުތައް ތަރައްގީ ކުރާނެއެވެ. މަގުތައް ތަރައްގީ ކުރަން ހިންގާ މި މަޝްރޫއުގައި ހިމަނާފައިވަނީ ރަށުގެ މުހިންމު މުއައްސަސާތައް ހުރި މަގުތަކާއި، އާއްމުން ގިނައިން ހިދުމަތްތައް ހޯދުމަށް ބޭނުން ކުރާ މަގުތަކެވެ.

    މަގު ހެދުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމު ގާއިމު ކުރުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރެވޭނެއެވެ. މަސައްކަތް ނިންމުމަށް 1 އަހަރާ 3 މަސް ދުވަސް ނަގާނެއެވެ. ހޮޅުދޫގެ މަގުތައް ތަރައްގީ ކުރުމަށް  71 މިލިއަނަށް ވުރެ ގިނަ ފައިސާ ސަރުކާރުން ހަރަދު ކުރާނެއެވެ.

    ]]>
    Tue, 01 Nov 2022 12:47:19 +0500 ހީރަސް
    ހެޔޮވެރިކަން: އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުން https://heerasnews.com/644 https://heerasnews.com/644 ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަކީ ރައީސް ސާލިހު އެންމެ އިސްކަން ދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ. އެ ގޮތުން ގިނަ ރަށް ތަކެއްގެ ގޮޑުދޮށް ހިމާޔަތްކޮށް ދެއްވައިފިއެވެ. ގިނަ ރަށްތަކެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނުފެށި ހުރި ރަށްރަށުގެ މަސައްކަތް ކުރުން އެ މަސައްކަތް ކޮއްދެވޭ ވަރުގެ ފަރާތްތަކާ ދަނީ ހަވާލު ކުރަމުންނެވެ.

    ރ. އިންނަމާދޫ އަކީ ވެސް ގޮނޑުދޮށް ހިމާޔަތް ކުރަންޖެހިފައިވާ ރަށެކެވެ. އާބާދީގައި 900 މީހުން ދިރިއުޅޭ އިންނަމާދޫ އަކީ ކިއްސަރު ވަޑާމަށް ރާއްޖޭގައި މަސްހޫރު ރަށެކެވެ. ރަށުގެ އުތުރު ފަރާތުން ވެލިގަނޑު ގިރަމުން ދިޔުމަކީ އޮޑި ދޯނި ފަހަރު ބަނުމާއި އެ ނޫން ވެސް އިގްތިސާދީ މަސައްކަތްތަކަށް އޮތް ވަރަށް ބޮޑު ގޮން ޖެހުމެކެވެ. ރަށުގެ ގުދުރަތީ ވެއްޓަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ.

    ރ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓިސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާ އެ މަސައްކަތް އެމްޓީސީސީއާއި މިހާރުވަނީ ހަވާލު ކުރެވިފައެވެ. އިންނަމާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަށް 15.6 މިލިޔަން ރުފިޔާ ސަރުކާރުން ހަރަދު ކުރާނެއެވެ. އިންނަމާދޫގެ އުތުރު ފަރާތު ހިމާޔަތްކުރުމަށް 360 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ހަވާލުކޮށްފައި ވަނީ 7 މަސް ދުވަހުން ނިންމާ ގޮތަށެވެ. 

    ]]>
    Tue, 01 Nov 2022 10:31:28 +0500 ހީރަސް
    ހެޔޮވެރިކަން: ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުުން https://heerasnews.com/643 https://heerasnews.com/643 ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާނެއެވެ. 

    47.6 މިލިއަން ރުފިޔާ ހަރަދު ކުރެވޭ ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގައި 212 މީޓަރުގެ އެއްގަމު ތޮއްޓެއް ލެވޭނެއެވެ. 166 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ބޮޑުހިލައިގެ ބޭރު ތޮއްޓެއްލުން ވެސް އެ މަސައްކަތުގައި ހިމެނެއެވެ. ރޭމްޕެއް ހެދުމާއި ބަނދަރު ބައްތި ޖެހުމާއި ޕޭމަންޓް ހެދުން ވެސް މި ޕްރޮޖެކްޓްގައި ހިމެނެއެވެ.

    ރައީސް ސާލިހުގެ ހެޔޮވެރިކަމުގައި ރަށްރަށުގެ ލަފާފުރުމަށް ހުރި ހުރަސްތައް ނައްތާލުމުގެ ދަށުން ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީ އާއި ދެމެދުގައެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސެއިން މޫސާއެވެ.

    1400މީހުންގެ އާބާދީއެއް އޮތް ނޭކުރެންދޫގެ ބަނދަރުގެ ޖާގައިގެ ދަތިކަން ބޮޑެވެ. މި މަޝްރޫއުން އެ ރަށުގެ ބަނދަރުގެ ޖާގައިގެ މައްސަލައަށް  ހައްލު ލިބިގެން ދާނެއެވެ.

    ]]>
    Tue, 01 Nov 2022 09:29:27 +0500 ހީރަސް
    150ރަށުގާ ފެނަކަ ޔުޓިލިޓީ ހިދުމަތްދޭ& ދަރަނި އަދާކުރާނެ https://heerasnews.com/642 https://heerasnews.com/642 ރާއީސް ސާލިހުގެ ވެރިކަމުގައި ފެނަކައިން 530 ކެޕިޓަލް އިންވެސްޓްމަންޓް ރަށްރަށުގައި ގާއިމުކޮއްފިއެވެ. މީހުން ދިރިއުޅޭ 186 ރަށުގެ ތެރެއިން 150 ރަށުގައި ޔުޓިލިޓީގެ ހިދުމަތްތައް ދެމުން ދަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ރާއްޖޭގެ އަބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުނަށް އަސާސީ ޔުޓިލިޓީ ހިދުމަތްތައް ކުރުމުއްދަތެއްގެ ތެރޭ ދިނުމަށް ކުރެވޭ މަސައްކަތުގައި 132 މިލިޔަން ރުފިޔާގެ ދަރަނި އިތުރު ވުމަކީ ސިއްސައިގެ ދާވަރުގެ ކަމެއް ނޫނެވެ.

    އެތައް ޒަމާނެއް ވަންދެން ގާއިމުނުކޮށް އިހުމާލު ކޮއްލާފައި އޮތް އަސާސީ ހިދުމަތްތައް ގާއިމު ކުރުމަކީ ދަރައިގެން ވެސް ކުރަން ޖެހިފައި އޮތް ކަމެކެވެ. 

    އަސާސީ ޔުޓިލިޓީ ހިދުމަތްތައް ރަށްރަށުގައި ގާއިމުކޮށް ނުދީ ޔާމީނު ސަރުކާރުން ފެނަކަ 1.2 ބިލިއަނުން އޮތީ ދަރުވާލާފައެވެ. އެ ދަރަނި އޮތް ވާހަކަ ނުދައްކާ ފެނަކައިން މިހާތަނާ ޖެހެން ދެންވެސް އޮތީ އެ ދަރަނި ނެތިގެން ނޫނެވެ. ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވެރި ކުރުވާފައި އޮތް ދަރަންޏަކަށް ވިޔަސް އެ ދަރަންޏާ ފެނަކައިން ޒިންމާ ވާތީއެވެ.

    އެހެނަސް މިއަދު އެ ވާހަކަ ދައްކަން ޖެހެއެވެ. އެ ވާހަކަ ދައްކަން ޖެހެނީ ރައްޔިތުންނަށް ފެނަކައިން ދޭ ހިދުމަތްތައް ދިނުން ހުއްޓުވުމަށްޓަކައި ކުރިން ފެނަކަ ދަރަނިވެރި ކުރުވި މީހުން ރައްޔިތުން ބިރު ގަންނަވާތީއެވެ. ފެނައަކަށް ރައްޔިތުން ކުރާ އިތުބާރު ކަނޑުވާލުމަށް މަސައްކަތް ކުރާތީއެވެ. ހީވާގި ފެނަކަ ޓީމުގެ ބަދަހި ސަފު ރޫޅުވާލަން މަރުދޭތީއެވެ. ފެނަކަޓީމާ އަލަށް ގުޅޭ މީހުން މާޔޫސް ކުރުވާ ފެނަކަ މެނޭޖުމެންޓާއި މެދު ޝައްކު އުފައްދާތީއެވެ.

    ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދަކީ ހަގީގަތާ ހިލާފަށް ފަތުރާ ދޮގު ވާހަަކަތަކާ ހުރެ ރައްޔިތުންނަށް ދޭ ހިދުމަތްތައް ފޯރުކޮށް ދެއްވުމުގައި އެންމެ ނަރެއް ވެސް ދޫކުރައްވާނެ ބޭފުޅެއް ނޫނެވެ. ދޮގު ތުހުމަތު ތަކުން ބަރީއަ ވެވަޑައިގަތުމަށް ވަޑައިގަންނަވަން ޖެހޭ ތަނަކަށް ވަޑައިގަތުމަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫނެވެ. ސައީދަކީ ފަތުރާ ފިތުނަ ވެރި ވާހަކަ ތަކަށް ބެއްލެވުމެއް ނެތި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ލިބިވަޑައިގެން ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާ ބޭފުޅެކެވެ.

    މިހާރު ރަށްރަށުގައި ކުރިއަށްދާ އުމްރާނީ މަސައްކަތްތައް ނިމުމުން އެ ހަރަދުތައް އެ ގޮތަށް އަލުން ކުރަން ނުޖެހި ދަރަނި ހަލާސް ކުރުމަށް ފައިސާ ހޯދޭނެ މަގުތައް ފަހިވެގެން ދާނޭކަން ފެނަކަ އެމްޑީ ދެނެ ވަޑައިގަންނަވައެވެ. ކެޕްޓަލް އިންވެސްޓްމެންޓްތައް ކުރުން ނިމި ދަރަނިތައް ހަލާސް ކުރެވި އަގުހެޔޮ ލުއިފަސޭހަ ޔުޓިލިޓީގެ ހިދުމަތް ތަކުގެ ނަފާ އަވަސް މުސްތަގުބަލެއްގައި ލިބޭނެހެން ފެނަކައިން އަމާޒު ހުރީ ހިފާފައެވެ. ގާއިމު ކުރެވޭ ހިދުމަތް ތަކުގެ އަދަދާ ފެންވަރަށް ބަލާއިރު ދަރނި އަދާ ނުކުރެވިގެން އުޅެން ނުޖެހޭނެކަން އެމްޑީ ސައީދަށާއި ފެނަކަ ބޯޑަށް އެނގެއެވެ.

    ރައީސް ސާލިހުގެ ރިޔާސީ ވައުދު ތަކުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަސާސީ ޔިޓިލިޓީ ހިދުމަތްތައް ގާއިމު ކުރުމަށެވެ. އެމްޑީ ސައީދު އިސްވެ ހުންނަވާ އެ ކުރައްވަނީ އެ މަސައްކަތެވެ. ސައީދު ވިދާޅުވާހެން ރައީސް ސާލިހު އުޅުއްވަނީ ގަނޑުވަރުގައި ފައިސާ ގުނުއްވާކަށް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރައްވާށެވެ.

    ]]>
    Tue, 01 Nov 2022 01:22:18 +0500 ހީރަސް
    އެސްޓީއޯގެ ހިންގުންތެރިކަން: ނަފާވެރިވުމުގެ ސިއްރު https://heerasnews.com/641 https://heerasnews.com/641 އެސްޓީއޯގެ ކާމިޔާބީގެ ސިއްރަކީ ކުންފުނީގެ ހިންގުންތެރިކަމެވެ. މުޅި ދުނިޔެ އޮތީ އިގްތިސާދީ ދަތިކަމެއްގެ ތެރޭގައެވެ. އެކަމުގެ ގޮންޖެހުންތައް އެސްޓީއޯއަށް ވެސް ކުރިމަތިވާނެއެވެ. ދުނިޔެ ދެކޭ ލޮޅުން ތަކުން އަރައިގަނެ އެސްޓީއޯ ނަފާވެރިކަންމަތީ ދެމިއޮންނަކަން ކިތަންމެ ރަނގަޅަކަށްވެސް ސާބިތުވެއެވެ. އެކަން ސާބިތުވަނީ އެއް ކުއާޓަރ އިން އަނެއް ކުއާޓަރއަށް ނަފާވެރި ކުންފުންޏެއް ގޮތުގައި ކުރިއަށް ދާތީއެވެ.  އާދަޔާހިލާފަށް ރަނގަޅަށް މެނޭޖުކޮށްގެން ކުރިއަށް ގެންދެވޭތީއެވެ. މި އަހަރުގެ 3 ވަނަ ކުއާޓަރގެ ރިޕޯޓުން އެކަނިވެސް އެކަން އެނގެއެވެ.

    މިކަހަލަ ދަނޑިވަޅެއްގައި އެސްޓީއޯއިން ކުރަމުން ގެންދާ ވިޔަފާރީތައް ރަނގަޅަށް އިންތިޒާމުކޮށް އިސްރާފު ކުޑަކޮށް މެނޭޖުކުރުމަކީ ކުޑަކަމެއް ނޫނެވެ. މުދާ ގަތުމަށް ކުރާ ހަރަދު ކުޑަކުރު މަކީ އަމްދުން އެންމެ އުދަގޫ އެއްކަމެވެ. އެހެން ނަމަވެސް ވިސްނުންތެރިކަމާ ރޭވުން ތެރިކަމާއެކު އެސްޓީއޯއިން އަންނަނީ އެކަންކަން ކުރަމުންނެވެ. އެކަމުގެ ހެއްކަކީ މިއަހަރުގެ ދެވަނަ ކުއާޓަރއަށް ވުރެ ތިންވަނަ ކުއަރޓަރގެ ހިންގުމުގައި 18 ޕަސެންޓްގެ ފައިދާއެއް ހޯދުމެވެ. 217 މިލިއަން ހިންގުމުގެ ފައިދާގެ ގޮތުގައި 2 ވަނަ ކުއާޓަރގައި ލިބިފައި އޮތް އޮތުން 3 ވަނަ ކުއާޓަރގައި 255 މިލިޔަން ރުފިޔާއަށް ބަދަލު ކޮށްލެވެނީ ލައްކަ ހުޝިޔާރު ވެގެންނެވެ.


    ދުނިޔޭގެ ތެލުގެ ބާޒާރުގައި އަގު މަތިވެ ފައިސާ ހޭދަކުރުން އިތުރު ވެފައިވާ ވަގުތެއްގައި ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއި ހިިންގުމުގެ ހަރަދު ބޮޑުތަނުން ކުޑަކުރެވުނީ ފިސާރި ހިންގުންތެރިވެގެންނެވެ.

    ނަތީޖާއެއްގެ ގޮތުން މުޅި ކުންފުނީގެ ސާފު ފައިދާ އިތުރުވެގެން ދިޔައީއެވެ. ދެވަނަ ކުއާޓަރގައި ޖުމްލަ ފައިދާގެ ގޮތުގައި އޮތީ 458 މިލިއަން ރުފިޔާއެވެ. 13 ޕަސެންޓްގެ ކުރިއެރުމެއް ތިންވަނަ ކުއާޓަރގައި ލިބުނީ ހަމަ ހުރެފައެއް ނޫނެވެ. ވަރުގަދަ މެނޭޖުމެންޓެއްގެ ގާބިލުކަމާ ދުރު ވިސްނުމާ ހިންގުންތެރިކަމުންނެވެ. 3 ވަނަ ކުއާޓަރގެ ޖުމްލަ ފައިދާ  515 މިލިއަން ރުފިޔާ އަށް ބަދަލު ވެގެން ދިޔުމުގެ ހަގީގަތަކީ އެއީއެވެ. 

    ]]>
    Mon, 31 Oct 2022 20:13:30 +0500 ހީރަސް
    ޖީއެސްޓީ ބޮޑުކަން އިހުސާސެއް ނުވާނެ! https://heerasnews.com/640 https://heerasnews.com/640

    މުޅި ބަޖެޓްގެ 19.7 ޕަސެންޓް ޕީއެސްއައިޕީ މަޝްރޫއު ތަކަށް ހާއްސަ ކުރެވިފައި ވަނީ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް އަމާޒު ހިފައިގެނެވެ. އެ މަޝްރޫއުތަކާ ގުޅިގެން އިގްތިސާދީ ދުޅަހެޔޮކަށް ބޮޑުތަނުން އިތުރުވެގެން ދާގޮތަށް ބައްޓަންކޮށް ތަންފީޒު ކުރެވޭ ސިޔާސަތުން %2 ޖީއެސްޓީ ބޮޑުވުމުގެ ބުރައެއް ރައްޔިތުންނަށް އިހުސާސެއް ނުވާނެއެވެ. އެ އަށްވުރެ ބޮޑަށް އާމްދަނީ އިތުރުވެ އަތްމަތި ތިޔާގި ވުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.

    2023ގެ ބަޖެޓް އެ އޮތްގޮތަށް ތަންފީޒު ވުމުން ރައްޔިތުން ދަތުރުފަތުރަށް ކުރާ ހޭދަ 80 އިން ސައްތަ ކުޑަވެގެން ދާނެއެވެ. އަންނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީއަށް ހާއްސަ ކުރެވުނު ބައިގެ %28.9 ހޭދަ ކުރެވޭނީ ލަފާ ފުރުމުގެ ދަތިކަން ހައްލު ކުރުމަށެވެ. އޭރުން ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ އައު ދޮރުތައް ހުޅުވި ވަޒީފާގެ ފުރުސަތު ތައްމިނަށް އޮންނާނެއެވެ.

    އަނެއް ކޮޅުން ހުޅުމާލެއާއި އެހެނިހެން ރަށް ރަށުގައި ހައުސިންގ ޔުނިޓްތައް އެޅުމަށް 285.9 މިލިއަން ރުފިޔާ ހާއްސަ ކުރެވިފައި އޮތުމުން ބޯހިޔާވަހިކަމަށް ހީނުކުރާ ވަރުގެ ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. އެހެންމެ ކުނި ނައްތާލުމަށް ބަޖެޓުން 630.2 މިލިއަން ރުފިޔާ ހޭދަކުރަން އެ އޮތީ ކަނޑައެޅިފައެވެ.

    ފެނާއި ނަރުދަމާގެ މަޝްރޫއު ތަކަށް 567.2 މިލިއަން ރުފިޔާ އެކަށައަޅާފައި އޮތީ މިހާރު ކުރިޔަށް ދާ މަޝްރޫއުތައް ނިންމުމަށާއި އަލަށް ފަށާ މަޝްރޫއު ތަކަށެވެ. މި ބަޖެޓުން ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކުރަން 724.9 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ސިއްހީ ހިދުމަތް އިތުރު ހަރުފަތަކަށް މައޗަށް ޖައްސާލާނެއެވެ.

    އާބާދީ އެންމެ ބޮޑު ދެ ސަރަހައްދު ކަމުގައިވާ މާލޭ އޭރިއާ އާއި އައްޑޫގެ ބިން ހިއްކުމަކީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެކެވެ. މި ބަޖެޓުން އެކަމަށް ހައްލު ހޯދާ ދޭނެއެވެ. އެ ގޮތުން ގުޅިފަޅާއި އައްޑޫ ބިން ހިއްކަން 463.4 މިލިއަން ރުފިޔާ ކަޑައެޅިފައި އެ އޮތީއެވެ.

    ޕީއެސްއައިޕީގެ ހަރަދުތައް ހަމަޖައްސާނެ ގޮތްވެސް އޮޅުމެއް ނެތި ބަޖެޓުން ފެންނަން އެބައޮތެވެ. އެކަމަށް ކަނޑައަޅާފައިވާ 8.4 ބިލިއަން ރުފިޔާގެ ތެރެއިން 3.1 ބިލިއަން ރުފިޔާ ހަރަދު ކުރާނީ ޑޮމެސްޓިކް ބަޖެޓުންނެވެ. ބޭރުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ އާއި ބޭރުގެ ހިލޭ އެހީން 713 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. އަދި ގްރީން ފަންޑުން 439.5 މިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ހަރަދު ކުރާނެއެވެ.

    ރާއްޖޭގެ އިގުތިސާދު ހަމައަކަށް އަޅުވާ ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ރައްޔިތުންގެ މަންދޫބުން މި ބަޖެޓް ފާސްކޮށް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ރައްޔިތުން އެދޭ ހެޔޮ ބަދަލަށް ވާސިލު ވެވޭނީ އޭރުންނެވެ. ހިތުހުރި ގޮތަކަށް ބަޖެޓު އޮޅުން ބޮޅުންކޮށް ކޮށާ އުނި އިތުރު ކޮށްގެން ފާސްކުރާ ބަޖެޓަކުން ލަނޑުދަނޑިތައް ހާސިލުނުވެ ހަލާކުގެ ތެރެއަށް ވެއްޓުން ނޫންކަމެއް ނުވާނެއެވެ. ސަރުކާރުގެ ހުށަހެޅުމާއި އެއްގޮތަށް ބަޖެޓް ފާސްކޮށް ނުދީ ތިބެ ކަންކަން ނުކުރެވޭ ވާހަކަ އެއްވެސް މެންބަރަކު ދައްކައިގެން ނުވާނެތާއެވެ.

    ދައުރު ނިމޭއިރު ފުރިހަމަ ވެފައި ހުންނާނެ ކަމަށް ސަރުކާރުން ބުނާ ކަންކަން ވޭތޯ ނުވޭތޯ ބަލައިލަން ވެސް ސަރުކާރުން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރުން މަޖިލީހުގެ މެންބަރުންނަށް މުހިންމެވެ.  

    ]]>
    Mon, 31 Oct 2022 18:03:02 +0500 ހީރަސް
    އިގްތިސާދުގެ ސަޕްލައި&ސައިޑް ބަދަލުކޮށްލާނެ! https://heerasnews.com/639 https://heerasnews.com/639 އަންނަ އަހަރު ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއު ތަކުން ރާއްޖޭގެ އިގްތިސާދުގެ ސަޕްލައި-ސައިޑް އެއްކޮށް ބަދަލު ކޮށްލާނެއެވެ. ފަތުރުވެރިކަން މުޅި ރާއްޖެ އަށް ފުޅާވެ، ކަންކޮޅު ތަކުގައި އެއާޕޯޓްތައް ތަރައްގީވެ، ކެޕޭސިޓީ އިތުރު ވެގެން ދާނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާއި މާފަރާއި ހަނިމާދޫ އަދި އައްޑޫ އިންޓަރނޭޝަނަލް އެއާރޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި ނަފާވެރި ރާއްޖެ އަކަށް އަލި ވިލޭނެއެވެ.  

    ސަރުކާރުން އަންނަ އަހަރު ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް 8.4 ބިލިއަން މުޅި ބަޖެޓްގެ ރުފިޔާ ހަރަދު ކުރަނީ އެހެން ވެގެންނެވެ. މުޅި ބަޖެޓްގެ 19.7 ޕަސެންޓް ހަރަދު ކުރާނީ ޕީއެސްއައިޕީ މަޝްރޫއު ތަކަށެވެ. މުޅިން އަލަށް ފަށާ 204 މަޝްރޫ އަކަށް 483.7 މިލިއަން ރުފިޔާ ހޭދަ ކުރަން ނިންމީ ސަމަސާއަކަށް ނޫނެވެ.

    ރާއްޖޭގެ އިގްތިސާދު ފަހި ފަޅިއަށް ފުށުން ޖަހާލުމަށެވެ. ޓެންޑަރިންގ މަރުހަލާގައި އޮތް 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާއާއި ޕްރީ ޓެންޑަރިން މަރުހަލާގައިވާ 479 މަޝްރޫއަކަށް 1.2 ބިލިއަން ރުފިޔާ ހޭދަ ކޮށްގެން އެ ހުރިހާ ކަމެއް ނިމިގެން ދާނެއެވެ. މިހާރު ހިނގަމުން އަންނަ 1211 މަޝްރޫއަކަށް 5.5 ބިލިއަން ރުފިޔާ ހޭދަކޮށް އެ ކަންކަން މުޅިން ނިންމާ ލާނެއެވެ. ނިމިފައިވާ 113 މަޝްރޫއެއްގެ ރިޓެންޝަން އަށް 77.3 މިލިއަން ރުފިޔާ ހަރަދުކޮށް ތަރައްގީ ދަމަހައްޓާނެއެވެ. މި ވެރި ކަމުގެ ފަސް އަހަރު ނިމިގެން ދާއިރު ރައްޔިތުން ތިބޭނީ އުފަލުން ފޮޅިފައެވެ. ހެޔޮ ވެރިކަމެއްގެ ހަގީގީ މީރު ރަހަ ދެކި ދެކިއެވެ.

    ]]>
    Mon, 31 Oct 2022 14:23:07 +0500 ހީރަސް
    ސިޔާސީ ބިކާރީންގެ ރަނބަ ގިރުން https://heerasnews.com/638 https://heerasnews.com/638

    އާނއެކެވެ. ނަފާހުރި ކަންކަން އެގެނީ ނަފާވެރިންނަށެވެ. އެއީ ހަމަ ތެދެކެވެ. ސިޔާސީ "ބިކާރީން" ކަންކަމަށް ދަނޑި ދިގު އުނދުޅި ބާނައިގެން ރަނބަ ގިރަން އުޅޭނެ ކަމެއް ނެތެވެ. ރަށްކޮޅު އަމާމެލި ދައިތައިންގެ ޒަމާން ހިނގައްޖެއެވެ. ބޮޑުވާ އިނގިލި ކުރީ ތެލަބަޑިލާ ދިއްކުރީމަ ދައިތަމެންގެ ގޯންޏަށް ލެވުނު ޒަމާން ފަސް ދީފިއެވެ. ތިޔަ ބުނާ އުނދުޅިއެއް ބޭނި ޒަމާނެއްގައި ކަމެއް ކުރިނަމަ މިހާރަކު މަހާނަ މައްޗަށް މަޑިއަކަށް ޖެހޭކަށް ނުޖެހުނީސް ނޫން ހެއްޔެވެ.

    ސިޔާސީ ރަންޑިވެގެން ތެޅިތެޅި ވެސް ފޭބީ ހުޅުނބު ނޫން ހެއްޔެވެ. ބޮޑު ފަނޑިޔާރުގެއިން ފަނޑިޔާރުކަން ދޭތޯ މާމަހު ކާޅުހެދިގެން އަނގަ ނަގައިގެން ތިއްބާ އެ ތަނާ ކުޑަ ބޭރު ވެސް ނޭރުވީމާ ތިޔަ ތިބެ ވާވަރެއް ތާއެވެ.

    ރަށްކޮޅު އަމާމެލި ދައިތައަށް ވެސް އުދުނު ޖަހަން ގެންދާނެ މީދާކޭ އުނބު ގޯންޏެއް ލިބުނެވެ. އެ ވަރުވެސް މި ފަކީރުންނަށް ނުވިއެވެ. އެހެން ވީމާ އަސަރު ފަށެއް ކުރާނެކަން އެނގެއެވެ. އެކަމާ މޮޅިން ހޮނޑާފުށިން ކާށިދުއަށް ކޭބަލް ކާރު ދުއްވަނިކޮށް ބޮޑު ގޮހޮޑާ ނުވިކަން ރަނގަޅެވެ.

    އަޅެފަހެ މިއީ ފޯޅަވަހިން ލެއްގި އޮއެ ކާށި ތަކަކީ ހެއްޔެވެ. ފޯޅަވަހި މޮރިސަހުގެ ތަނަކަށް ހަދަން އެކަރައިގެ މީހުން ފޫގަޅައިގެން ނިކުތް އިރު މަހަލްދީބުގައި ތިބި ބަންޑާރަ ކަމަނާއިން ފޯޅަވައްސައިގެން ނޫޅެ ތިބީ ނިދަންތާއެވެ. ގައިމު އޭރު އުޅުނު ނަމަ ތިޔަ ކިޔާ ޗަކޮހެއް އެއްކޮށް ލިބުނީސް ކަން ނޭގެއެވެ.

    އަމްދަކުން ތިޔައިކީ އެއްގަލުން ފެހިކައި އުޅެވޭ ވައްރުގެ ދެ ލަނޑާއެއް ނޫނެވެ. ހިކި ތޮށި މަތީ އުޅޭ ނޫލަނޑަޔަކާ ފުންކަނޑުގައި ގައުކާން އުޅޭ މާހުޅުނބު ލަނޑަޔަކާ ތިލަތާކު ބަކަ ތިޔަ ތަޅަނީ ފިސާރި ބޮޑުމަހެއް ފަހާލީމަތާއެވެ. ތިޔަހަރިއްޔަކީ އަމިއްލަ އަމިއްލައަށް ކުރާޒާތުގެ ކަންކަމެއް ނޫނެވެ.

    ވަނީ އެހެންތާއެވެ. އިސްކޮޅެއް ނެތަސް ބަންޑާރަ ކަމަނާފާނަކަށް ވިޔަތީ ވަރުގެ ކޮޅަށް ހެދިގެން ދެ ތުންފަތް ފޮޅުލަންދެން ކަޑިލައިގެން މޫނުގައި ސަފޭދު ލައިގެން ގުނބޯލޯ ސަރުބަނާ ކުޅުން ނޫން ކަމެއް ކުރީއެއް ނޫނެވެ. އިރިއިރި ލަވާތީ އުޅޭވަރުން ކަތިމުންޑު އަންދަވާފައި ފޮނުވާލުމުން މުންޑަކަށް މުންޑެއް ދޫކޮށްލާފައި ގަތްވަޅަށް މަރުވާން އައިސް ފޮނު އެރުވުން ނޫންކަމެއް ނުކުރެވުނެވެ. ކަނޑު އަޑީ ޖުވާހާނާ ހެދެން ދެންވެސް ވަތު އޮޑީ ރޮދި ކަނޑާ ނުލައެއްވެސް ނޯވެވުނު ނޫން ހެއްޔެވެ.

    ބަންޑާރަ ކަމަނާފާނަކު ރަކިސް ބޯދޯނަހެން ފޮޔަކުން އެއްފަރު ބޯދޮވުނަސް ފައިސާ ދޮންނަން ވަރަށް ފަރިތަކަމަށް ވެއެވެ. އެފައިސާ މިފައިސާ އަތުނެތް ފައިސާގެ ޒަމާނުގައި ވަރަށް ފައިސާ ދޮންނަން ފަރިތަ ކަމަށް ގޭދޮށު ކުދިން ކިޔަތެވެ. ފައިސާ ދޮންނަން ފަރިތަ ވަރެއް ބަލައިލަން ފަނޑިޔަރުގޭ ފެންޑާ މައްޗަށް ކިރިޔަ ކިރިޔާ އަރުވާލާ އިރަށް ކަމަކު ދާކަށް ނެތެވެ. ކިރުބޯން ރޯ ޅަ ހިމާރަކު ވެސް އެ ވަރެއް ނުވާނެއެވެ. އަތިރީ ފަނޑިޔާރުގޭ މަގުގައި އެ ދުވަހު ރިޔާނެގި ވަދު ދޯނި ދުއްވާތީ ފެނުނު ކަހަލައެވެ.

    ]]>
    Mon, 31 Oct 2022 03:36:49 +0500 ހީރަސް
    ހިތްވަރު ގަދަ ފެނަކަ: ބަލިވީ ކުޑަ ތަފާތަކުން https://heerasnews.com/637 https://heerasnews.com/637 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކުލަބާއި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލްއެވެ. ކުލަބު މޯލްޑިވްސްގެ އަންހެން ޑިވިޝަން މުބާރާތް ކަމަށްވާ 18/30 ގެ ފައިނަލަށް ސިފައިންގެ ކުލަބު ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް ކްލަބް ވެމްކޯ 6-2 އިން ބަލިކޮށްގެންނެވެ. އެމްޕީއެލް ފަނަލަށް ދިޔައީ ފެނަކަ އާއި ވާދަކޮށް 3-2 ކާމިޔާބު ކޮށްގެންނެވެ. ފެނަކައިން މޮޅަށް ކުޅެ މިފަހަރު ބަލިވި ނަމަވެސް މި އަހަރުގެ ލީގު ބުރުގައި ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީވެސް ފެނަކައެވެ.

    އެމްޕީއެލް ތިން ލަނޑުގެ ލީޑެއް ހޯދާފައި ވަނިކޮށް ފަހަތުން އަރާ ފެނަކައިން ދެ ގޯލު ޖަހާ ތަފާތު ކުޑަކޮށްލިއެވެ. ފެނަކައިގެ ކުޅަދާނަ ކުޅުންތެރިޔާ، ރާނީ މުލްޔަސާރީ ފެނަކައަށް ޖަހަދިން ދެ ގޯލުން ތަފާތު ކުޑަކޮށް ލެވުނު ނަމަވެސް އިތުރު ލަނޑެއް ޖަހާނެ ފުރުސަތު އެއްވެސް ޓީމަކަށް ނުލިބި މެޗް ނިމުނީ އެމްޕީއެލް މޮޅު ވެގެންނެވެ.

    މުބާރާތުގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އޮތް އެމްޕީއެލްގެ ނަތަމޯން އަތުކްލާއަކީ މުބާރާތުގައި 18 ލަނޑު ޖަހާފައިވާ ކުޅުން ތެރިިއެކެވެ. އެމްޕީއެލް އަށް މެޗު ކާމިޔަބު ކުރެވުނީ އުކުލާގެ ދެ ލަނޑާއި ފަރަހު އަހުމަދުގެ ލަނޑަކުންނެވެ.

    އެމްޕީއެލް އާއި ސިފައިން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެއެވެ. 

    ]]>
    Sun, 30 Oct 2022 23:48:51 +0500 ހީރަސް
    މާޅޮހުން ހިފެހެއްޓުމެއް ނެތް ޝުކުރު ރައީސަށް https://heerasnews.com/636 https://heerasnews.com/636 އއ. މާޅޮހުގައި ދުވަހަކު ވެސް ނުހިންގާ ވަރަށް މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދާކަމަށް އެ ރަށު ކައުންސިލުން ރައީސަށް ދަންނަވައިފިއެވެ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ބައްދަލުކުރެއްވީ ރަށުގެ ތަރައްގީގެ މުހިންމު ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއް ވުމަށެވެ. ވޭތުވެދިޔަ ދިގު ތާރީހުގައި މާޅޮހުގައި ދުވަހަކުވެސް ނުހިންގާ ވަރަށް ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކޮށް މާޅޮހުގެ އެންމެހާ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ކައުންސިލުން ޝުކުރު ދެންނެވިއެވެ. 


    މާޅޮހުގެ ތަރައްގީއަށް މި ވަގުތު އެންމެ ބޭނުންވާ ކަމަށް ކައުންސިލުން ފާހަގަ ކުރެއްވި ކަންކަން: 

    - މިހާރު ދެމުންދާ ސިއްހީ ހިދުމަތްތައް ތަރައްގީކުރުން.

    - ޒަމާނީ މިސްކިތެއް ބިނާކުރުން.

    - ލޯކަލް ޓޫރިޒަމް ކުރިއަށްގެންދިއުން.

    - އާންމު ރައްޔިތުން ބޭނުންކުރުމަށް ބީޗެއް ހެދުން.

    ކައުންސިލުން ފާހަގަ ކުރި ބައެއް ގޮންޖެހުން:

    - ލޯކަލް ޓޫރިޒަމް ހިންގުމަށް ހުރި ދަތިތައް.

    - ރަށުގެ ކުނި މެނޭޖު ކުރުމަށް ބޭނުންކުރާ ވެހިކަލްއަށް މައްސަލަޖެހުން.

    - ރަށުގައި ފަންނީ މީހުން ނެތުން.

    - ފަންނީ މީހުން ތަމްރީނު ކުރުމުގައި ހުރި ދަތިތައް. 

    - އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ހުރި ބަޖެޓުގެ ދަތިކަން. 

    އއ. މަތިވެރި ދާއިރާއަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި މަތިވެރި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން ވެސް މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. 

    މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

    މީގެ އިތުރުން ކައުންސިލްގެ ބައްދަލުވުމުން ރަށަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ސަރުކާރަށް ފަސޭހަވެގެން ދާކަމަށް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

    ރައީސުލްޖުމްހޫރިއްޔާ މާޅޮހަށް ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދާކަން ޝުކުރުވެރި ކަމާއެކު އއ.މާޅޮހު  ކައުންސިލުން ފާހަގަކުރެއެވެ.

    ]]>
    Sun, 30 Oct 2022 19:52:14 +0500 ހީރަސް
    ހެޔޮވެރިކަން: ޑައިލެސިސްގެ ހިދުމަތް އަތޮޅުތަކަށް https://heerasnews.com/635 https://heerasnews.com/635 ރާއްޖޭގައި ސިއްހީ ހިދުމަތް ދުނިޔޭގެ ފެންވަރަށް ގާއިމު ކުރެވިގެން ފައިހަރު ނުލައިގެން ބަޔަކު އުޅޭ އަޑު އެހީމެވެ. ރާއްޖޭން ބޭރަށް ބޭހަށް ދިވެހިން ދާން ނުޖެހޭނެ ކަމަށް އޭރު އެ މީހުން ކިޔެވެ. ޕީޕީއެމުން ޔާމީނުގެ މޮޅު ވާހަކަ ދައްކަމުން ނަގަނަގާފައި ޖަހަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ވާހަކައެވެ. ދައުލަތުން ދަރާ ވިކިގެން ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް ވުރެ ކުރިން ކުރަންޖެހޭ ސިއްހީ އަސާސީ ކަން ކަމަށް އޮތީ ބޮޑު ތަނުން އިހުމާލު ވެފައެވެ. 

    ރާއްޖޭގެ އެކި އަތޮޅު ތަކުގައި ދިރިއުޅޭ މީހުން ބޭސްފަރުވާއަށް މާލެ އައިސް ތިބުން ބެންކޮކުގައި ތިބުމަށް ވުރެ ހަރަދު ބޮޑޭ ބުނުން ދޮގަކަށް ނުވާނެއެވެ. އެހެނެއް ކަމަކު ކިޑްނީގެ ބަލި ތަހައްމަލު ކުރާ ބަލި މީހުންގެ އާއިލާ ތަކުން މާލެ އައިސް ޑައިލެސިސް ހެދުމަށް ކުރާ ހަރަދާއި އުފުލާން ޖެހޭ ވޭން ޔާމީނަކަށް އިހުސާސެއް ނުވެއެވެ. ކުޑަ މިނުން އަތޮޅު ހޮސްޕިޓަލުން އެ ބަލި މީހާއަށް ޑައިލެސިސް ހަދާ ލެވޭނެ ވަރުކޮށްލާ ނުދީ 25 ބުރީގެ އިމާރާތެއް ދަރައިގެން އެޅުމުގެ ބޭނުމަކީ ރަތްޔިތުންނަށް ހިދުމަތް ދިނުން ނޫންކަން ސާފެވެ. ސިއްހީ ހިދުމަތުން ވެސް ޔާމީނު ބޭނުންވީ ވިޔާފާރި ކުރާށެވެ.

    ރައީސް ސާލިހުގެ ވިސްނުންފުޅު އެއާއި މުޅިން ތަފާތެވެ. ރައީސް ސާލިހުގެ ތަފާތަކީ ތަފާތު ނުކުރުމެވެ. އަމާޒު ހިއްޕަވާފައި ވަނީ އަސާސީ ހިދުމަތް ގާއިމު ކުރެއް ވުމަށެވެ. ކޮންމެ ރައްޔިތަކުވެސް އުޅޭ ހިސާބަކުން އަސާސީ ހިދުމަތް ކަށަވަރުކޮށް ދެއްވުމަށް ވުރެ އިސްކަމެއް އެ މަނިކުފާނުގެ ނެތެވެ. ދަރާ ވިކިގެން ވެސް އަސާސީ ހިދުމަތް ގާއިމު ކުރުމަކީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ އެންމެ ފުރަތަމަ ކަންތައްކަން ރައީސް ގަބޫލުފުޅު ކުރައްވައެވެ. 

    ބ. އޭދަފުއްޓައި ޅ. ނައިފަރުގައި އަތޮޅު ހޮސްޕިޓަލު ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. ކިޑްނީގެ ބަލި މީހުން އެ ދެ އަތޮޅުގައި އެހާމެ ގިނައެވެ. އެހެނަސް މި ހުރިހާ ޒަމާން ވީއިރު ޑައިލެސިސްގެ ހިދުމަތް ދޭވޭނެ ގޮތެއް އެ ތަންތާކު ނެތެވެ. ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން އަންނަ މަހު އޭދަފުއްޓާއި ނައިފަރުން ޑައިލެސިސްގެ ހިދުމަތް ލިބެން ފަށާނެއެވެ. ކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވެ ނިމިއްޖެއެވެ. ޑައިލެސިސްގެ ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ވެސް މިހާރު ވަނީ ތަމްރީނު ކޮށްފައެވެެ.

    އޭދަފުއްޓާއި ނައިފަރުގައި ޑައިލެސިސްގެ ހިދުމަތް ދޭން ފަށާއިރު ށ. ފުނަދޫ ހޮސްޕިޓަލުގައި އެ ހިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުން ނެވެ. ރައީސްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ހުރިހާ އަތޮޅަކުން ޑައިލެސިސްގެ ހިދުމަތް ލިބޭން ހުރުމާ މެދު ޝައްކެއް ނުކުރެވެއެވެ. ޑައިލެސިސްގެ ހިދުމަތް ކުރިން ލިބެނީ މާލޭގެ ބޮޑެތި ހޮސްޕިޓަލުތަކުނެވެ. އެހެން ނަމަވެސް އައްޑޫއާއި ކުޅުދުއްފުއްޓާއި ގދ.ތިނަދޫގައި ޑައިލެސިސްގެ ހިދުމަތް މިހާރު ލިބެން ހުރެއެވެ. 

    ]]>
    Sun, 30 Oct 2022 17:50:01 +0500 ހީރަސް
    އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލުން https://heerasnews.com/634 https://heerasnews.com/634

    ލިބިފައި އޮންނަ ލުއި ފަސޭހަ ނުހަމަ ގޮތުގައި ބޭނުން ކުރުމުގެ ނުބައި އާދަ ރާއްޖޭގައި ވެސް ވަރަށް ބޮޑެވެ. ލިބޭ ކޮންމެ ލުޔެއްގެ ނާޖާއިޒު ފައިދާ ނެގުމުގެ ނަތީޖާއަކީ ދީފައި އޮންނަ ލުއިތައް ބަންދު ވުމެވެ. ދަތިވެ އުނދަގޫ ވުމެވެ. ބަޔަކު ކުރާ ކަމެއްގެ ސަބަބުން ގޯހެއް ނުހަދާ ރަނގަޅު ގޮތުގައި އުޅޭ މީހުނަށް ވެސް ދައްޗާއި އުދަގޫ ތަހައްމަލު ކުރާން ޖެހުމެވެ.

    މުއާސަލާތީ ހިދުމަތަށްޓަކައި ދޫކުރެވޭ ސިމްކާޑަށް ވެސް މި ޖެހެނީ އެ ދަތުރެވެ. ސިމް ލިބެން އޮތް ފަސޭހަ މަގު އެކީ އެކައްޗަކަށް ބަންދު ވަނީއެވެ. ރަޖިސްޓްރީ ނުކުރާ ސިމް ބޭނުން ކޮށްގެން ބަޔަކު ސްކޭމް ކޯލްކޮށް ބޮޑެތި ޖަރީމާތައް ހިންގުން ހައްދު ފަހަނަ އަޅައިގެންނެވެ.

    ރަޖިސްޓްރީ ނުކޮށް ޕްރީ އެކްޓިވޭޓަޑް ސިމް ދޫކުރުން ހުއްޓާލަނީއެވެ.  ކޮމިއުނިކޭޝަން އޮތީރިޓީ އޮފް މޯލްޑިވްސް (ކެމް) އިން އެ ފިޔަވަޅު ނާޅާ ވޭތޯ ވަރަށް ބަލައިފިއެވެ. މުއާސަލާތީ ހިދުމަތް ދޭ ކުންފުނި ތަކުގެ ވިޔަފާރިއަށް ވެސް އެ ކަމުގެ އަސަރު ކުރާނެއެވެ. އެހެން ނަމަވެސް އެހެން ގޮތެއް މިއަދަކު ނެތެވެ. ޓެލެކޮމިއުނިކޭޝަން ހިދުމަތް ދޭ ކުންފުނި ތަކުން އަމަލު ކުރަން ޖެހޭ އުސޫލުތައް ލުއިކޮށް އޮތުމުން ރަޖިސްޓްރީ ނުކޮށް ހުންނަ ސިމްތައް ބޭނުން ކޮށްގެން ސްކޭމް ކޯލް ކޮށްގެން މީހުނަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ބަޔަކު އެބަދެއެވެ. ހަޑިމުޑުދާރު އަމަލު އެބަ ހިންގައެވެ. ފުރާނަޔާ ހަށިގަނޑަށް ގެއްލު ދިނުމަށް މަގުފަހި ކުރާ އެއްޗަކަށް ރަޖިސްޓްރީ ނުކުރާ ސިމް ވެފައި އެބަހުއްޓެވެ.

    އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ މައްސަލަ ތަހުގީގު ކުރުމުގައި ވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިމް ތަކުގެ ރަޖިސްޓްރޭޝަންގެ މައްސަލައެވެ. ކާކުގެ ސިމެއްކަން ހޯދަން ދަތިވެ ސިމާ ޒިންމާވާ ފަރާތެއް ނެތިގެންނާއި ނޭނގިގެން ތަހުގީގުތައް ހުއްޓި ހައްގުތައް ގެއްލި ދެއެވެ. ސިމް ވިއްކުމުގައި ލިމިޓެއްނެތި އެކަކަށް އެތައް ސިމެއް ރަޖިސްޓްރީ ނުކޮށް ވިއްކޭ ވިއްކުން ވެސް ބޮޑު މައްސަލައެއް ގޮތުގައި ފުލުހުން ފާހަގަ ކުރެއެވެ. 

    ސިމް ވިއްކުމާއި ރަޖިސްޓްރީ ކުރުމުގެ އުސޫލުތައް އޮތަސް ސިމް ވިއްކުމުގެ ވިޔަފާރީގައި އުޅޭ ބައެއް އެޖެންޓުންނާއި ރީސޭލް ކުރާ ފަރާތްތަކުން އެ އުސޫލުތަކަށް އެންމެ ރަނގަޅަށް އަމަލެއް ނުކުރެއެވެ. ސިމް ވިއްކާ ފަރާތުގެ މައުލޫމާތު ހިމެނޭ ރަޖިސްޓްރޭޝަން ފޯމް އެއް މަސް ތެރޭގައި ސާވިސް ޕްރޮވައިޑަރަށް ފޮނުވައި ރަޖިސްޓްރީ ކުރަން ޖެހުނަސް އެތައް މަހެއް ވާއިރު ވެސް ރަޖިސްޓްރީ ނުކުރެވެއެވެ. އެއްގޮތަކަށް ވެސް ރަޖިސްޓްރީ ނުކޮށް ވެސް އެބަހުރެއެވެ. މިހުރީ ހައްތަހާ ވެސް ބޮޑެތި ކަންބޮޑުވުމެވެ.  

    ވިއްކަނީ އެކްޓިވޭޓް ކޮށްފައި ހުންނަ ސިމްތަކެއް ކަމުން ކަސްޓަމަރު އަތަށް ސިމް އަރާ ގޮތަށް ރަޖިސްޓްރީ ނުކުރިޔަސް ބޭނުން ކުރެވެއެެވެ. ބޭނުން ކުރެވޭތީ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރަން އާއްމު ކަސްޓަމަރު ވެސް ބޭނުމެއް ނުވެއެވެ. އަމްދުން ސްކޭމް ހިންގާ މީހުން ސިމް ރަޖިސްޓްރީ ކުރަން ބޭނުމެއް ނުވާނެ ތާއެވެ.

    ނުރައްކާ ތެރި މި މައްސަލަ ހައްލު ކުރުމަށްޓަކައި 01 ޑިސެމްބަރ 2022 އިން ފެށިގެން އެކްޓިވޭޓް ކޮށްފައި ހުންނަ ސިމް ވިއްކުން ހުއްޓާލުމަށް ކެމް އިން ވަނީ ނިންމާފައެވެ. އޭގެ ފަހުން ދޫކުރާ ސިމް އެކްޓިވޭޓް ވާނީ މައުލޫމާތު ކަށަވަރު ކޮށް ރަޖިސްޓްރީ ވުމުންނެވެ. މި ބަދަލާ ގުޅިގެން އޮންލައިންކޮށް ސިސްޓަމަކަށް ވަގުތުން ރަޖިސްޓްރޭޝަނަށް ބޭނުންވާ މައުލޫމާތުތައް އަޅާ ރަޖިސްޓްރޭޝަން ނުނިމޭހާ ހިނދަކު އެ ސިމަކީ ޕްލާސްޓިކް ޗިޕެކެވެ. ބޭނުން ކުރެވޭނީ މައުލޫމާތު ފުރިހަމަ ކޮށް ރަޖިސްޓްރީ ވުމުންނެވެ.

    ]]>
    Sun, 30 Oct 2022 16:06:33 +0500 ހީރަސް
    އާދައަކަށް ވުމުން ގޯސް އެއްގޯސްވޭ: ރައީސް https://heerasnews.com/633 https://heerasnews.com/633 ކަމެއް މާގިނަ ދުވަހު ދެމި  އޮވެ އާދަ އަކަށް ވުމުން ނުރަނގަޅު ރަނގަޅެއްގެ ގޮތުގައި ބެލެވި ގޯސް އެއްގޯސްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވިދާޅުވުމަކީ ވަރަށް ބޮޑު ތެދުފުޅެކެވެ. ކޮރަޕްޝަނާއި ފަސާދަޔާއި ނާޖާއިޒް ފައިދާ ނެގުމަކީ ދައުލަތުގެ ތެރޭގައި އިންތިޒާމް ވެފައި އޮންނަ ރީތި ކަމެއްގެ ގޮތުގައި ވެރިން ދެކި އެ ނަމޫނާ ދެއްކުމަށް ވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ.

    ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ މިނިވަން މާހައުލެއް ރައީސް ސާލިހު ވަނީ ރާއްޖޭގައި ގާއިމުކޮށް ދެއްވާފައެވެ. ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، ކުރާ ތަހުގީގަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރަކު ނެތެވެ.

    ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަގުވާމީ މުޖްތަމައުން މިއަދު ބަލައިގަނެއެވެ. ތެދުފުޅެކެވެ. ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް ފަރުވާ ބޭނުން ވެފައިވާ އެންމެ ބޮޑު ބަލިމަޑު ކަމެވެ. އެ ބައްޔަށް އޮތް ޝިފާއަކީ، ހާމަ ކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުމެވެ. ރައީސް ސާލިހު ކުރައްވާ މަސައްކަތްޕުޅަކީ އެއީއެވެ.

    ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް އެ އަންނަ ކުއްލި ބަދަލާއި އެކު ހުރިހާ ކަމެއް ވަގުތުން ރަނގަޅުވެ އިސްލާހު ވެގެން ނުދެއެވެ. ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތައް ބަންދުވެ، ވެފައި އޮންނަ ޒަމާންވީ އާދަ ވަގުތުން ބަދަލެއް ނުވެއެވެ. ކުރިއްސުރެ އޮތް އެ ނުބައި އާދަ އަދިވެސް ދައުލަތުގެ ތެރޭގައި އެބައޮތެވެ. އެ ކަމަށް ރައީސް ވެސް އެއްބަސްވެ ވަޑައިގަނެއެވެ.

    ދައުލަތުގެ ތިންބާރާއި ސިވިލް ސޮސައިޓީގެ ތެރޭގައި ވެސް ކޮރަޕްޝަން އޮތް ކަމަށް ރައީސް އެއްބަސްވެ ވަޑައިގަންނަވައެވެ. ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ގަބޫލުކޮށް، އެ ކަމަށް ހިތްވަރު ދިނުމަށް ވުރެ، ބޮޑު ނުބައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވެއެވެ. އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުންކަން ރައީސް ފާހަގަ ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ހަގީގަތަށް ބުރަވެ ވަޑައިގެން ހުންނަވައެވެ.

    ދައުލަތުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ދޮރުތައް ދެނެގަނެ ނަޒާހަތްތެރި ކަމާއެކު ހިންގުމުގެ ނިޒާމް ހިންގުން ބައްޓަން ކުރުމަށް ސިވިލް ސޮސައިޓީން ފުރޭނިގެން އަންނަ ހިޔާލުތަކާއި ހުށަހެޅުން ތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމުގެ ޔަގީކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައެވެ.

    ]]>
    Sun, 30 Oct 2022 14:11:51 +0500 ހީރަސް
    އޮޓޮޕްސީ ނުހެދުމަށްވުރެ ހެދުމުގެ ޒަރޫރަތް މާބޮޑު! https://heerasnews.com/632 https://heerasnews.com/632

    މަރެއްގެ ސަބަބު ހޯދަން އޮޓޮޕްސީ ހަދަން ވިޔަސް އެނގެނީ ކުރިން ފުލުހުންގެ ތެރޭގައި އުޅެފައި ނިކުންނަ މަރުދޮޅި އަކަށެވެ. ފުލުހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހެއްގެ އޮޓޮޕްސީ ހަދަން ޖެހޭ ކަމަށް ނިންމުމުގެ ބާރު ނެޝަނަލް އިންޓަގްރިޓީ ކަމިޝަނަށް އޮންނަ ކަމަކަށް އޭނާ ނުދެކެއެވެ. 2012 ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެންމެ ބޮޑުޕާޓީގެ އެތައްހާސް ރައްޔިތުން ގައިގާ ތަޅާ ލޭ ކޮށާލުމުގައި އިސްކޮށް ހުރި މީހާއަށް އަނިޔާއަކީ މަރަކީ އޮޓޮޕްސީއަކީ ކޮން އެއްޗެއް ކަމެއް ނޭގޭނެއެވެ. އަމްދުން އިންޓަގްރިޓީ ކަމިޝަނަކީ އޮންނަން ޖެހޭ ތަނެއް ކަމަކަށް އެއްވެސް އިރަކު އޭނާ ގަބޫލެއް ނުކުރާނެ ތާއެވެ.

    އިންޓަގްރިޓީ ކަމިޝަނުން އޮޓޮޕްސީ ހަދަންޖެހޭ ކަމަށް ނިންމުމަކީ އޮޓޮޕްސީ ހެދުމަށްޓަކާ ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ބޮޑު ކަތިވަޅި ހިފައިގެން ނިކުމެ އިންޓަގްރިޓީ ކޮމިޝަނުން މައްޔިތާ ފަޅާ ވާހަކައެއް ނޫނެވެ. ކޮންމެ ކަމެއްގައި ސިޔާސީ ފިތުނައެވެ. އެހެންނޫނީ ގަމާރު ވިޔަސް އެއީ ބޮޑުވަރެވެ.

    އޮޓަޕްސީ ހެދުމަށްޓަކާ ހޯދަންޖެހޭ ހުއްދަތައް ހޯދުމާއި އެ ކަމުގެ ހާއްސަ ބަޔަކު ހޯދައިގެން އެބަޔަކު ލައްވާ އެކަން ކުރަންޖެހޭ ގޮތަކަށް ކުރުމަކީ އޮޓަޕްސީ ހަދަންޖެހޭ ކަމަށް އިންޓަގްރިޓީ ކަމިޝަނަށް ނުނިންމެންވީ ސަބަބެއް ނޫނެވެ. ކޯޓު އަމުރަކާ ހަމަޔަށް ދާނީ ވެސް އެކަން ކުރަން ޖެހިއްޖެ ކަމަށް ބަޔަކު ނިންމައިގެން އެ އަސާސުގެ މަތީގައި ނޫން ހެއްޔެވެ. އަމުރު ދިނުމާ ނުދިނުން އެއީ ކޯޓުގެ ކަމެއް ތާއެވެ.

    ގދ.ހޯޑެއްދޫ އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށެވެ. އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ކުރާ ތަހުގީގަށް އޮޓޮޕްސީ މުހިންމެވެ. އޭނާ ނިޔާވީ ހާޓުއެޓޭކެއް ޖެހިގެން ފަރުވާ ނުލިބި ލަސްވުމުންކަން ސާފުވާ ކަމަށް މިހާރު އާއިލާއިން ބުނެ ޕޯސްޓްމޯޓަމް ހެދުމުގެ ޒަރޫރަތެއް ނެތްކަމަށް ބުނުމުގެ ނިޔަތާމެދު ސުވާލު އުފެދެއެވެ. ފުލުހުންގެ މުއައްސަސާއަށް ތުހުމަތުކޮށް އާއިލާއާއި އިދިކޮޅު ސިޔާސީ ފަރާތް ތަކުން ދައްކާފައިވާ ވާހަކަ ތަކުން ޕޯސްޓްމޯޓަމް ނުހަދާ ހަށިގަނޑު ހޯދަން އުޅުމުގައި ހެޔޮ ނިޔަތް ނެތްކަން ވަރަށް ސާފެވެ. އެހެން ކަމުން ސުވާލެއް ނެތް ވަރަށް މައްސަލަ ތަހުގީގުކޮށް އިހުމާލުވާ ބަޔަކަށް ޝަރީއަތް ހިންގުމަށް އޮޓޮޕްސީ ހެދުމުގެ ޒަރޫރަތް މާ ބޮޑެވެ.

    ]]>
    Sat, 29 Oct 2022 22:34:00 +0500 ހީރަސް
    ގައްސާނަށް: ތިޔަ އުޅެނީ ރަން ފާހާނާތަށީގެ މަސްތުގާ https://heerasnews.com/631 https://heerasnews.com/631 ރިޔާސީ އެނދެއް މަތީ ބިސްދީ، އެ މައްޗަށް ބިސްއަޅާ، ބިސްފީވެ ފަތްފަޅާ ބޮޑުވި ފިޔޮއްގަނޑެއް މައި ފިއްލަވާލި ތަނާ މަގުމަތި ވުމަށްވުރެ އަސަރު ހުރިކަމެއް ނުއޮންނާނެއެވެ. އެރި އުޅުނު ފަތާ ފެންގަނޑާ ޗަކުޒީ ހުވަފެނުން ވެސް ފެންނާނެއެވެ. މެންދުރު ކެއުމަށް ތާކު ނުޖައްސާ ގެންނަ ޖަބުރޯލުކޯނި އަދިވެސް ކާހިތް ވާނެއެވެ. ދެކަމުދާ ރަން ފާހާނާ މަތިން ހިތް ނުކެނޑޭނެއެވެ.

    އުފެދުމުގައި ވެސް ރިޔާސީ މަސްތު ޖެހިފައި ހުރި މީހަކަށް ވާވަރު އަދި ކުޑައެވެ. 30 އަހަރު ހަޒާނާގައި ބަގުޑި ބައްދައިގެން އޮތް ދެ އާއިލާއިން އުފަންވީ ކުރަތްޕަކަސް ރަސްކަމުގެ ހުވަފެން ދެކޭނެތާއެވެ. ބޯވަ ހެދިގެން ހުރިހާ ހަރަކަށް ތޮރުފި ގަނެގެން އުޅެނީ ވެސް އެހެން ވެގެން ތާއެވެ. ސިޔާސީ ކުޅި ކުޅޭގޮތް ބަދަލުވެ ބައި ބަހާލީމާ ކޮންމެ ބައެއްގެ ތެރެއަށް ފަލީތާ ވައްޓާލައިގެން ކޮންމެ ތާކުން ވެސް ނެތް މޮޅު ހޯދަން ތެޅެބާލާ ގޮތް ނެނގޭ އެކަކުވެސް މިހާރަކު ނޫޅެއެވެ.

    އެންދެރިކާ މީހުންނަށް ނޫނީ ރަނގަޅަށް ކަމެއް ކުރެވޭ ކަމަށް އެބަ ވޭހެއްޔެވެ. ކޮންމެ ކަމެއް ކުރަން ވަނީ ވެސް މި އެންދެރިކާ މީހުން ބުނާ ގޮތަށޭ ހީވާކަހަލައެވެ. ރާއްޖެއަކީ (އެންދެރި-ކާމިނީ) މިލްކެކޭ އަދިވެސް ހީކުރަނީ ތާއެވެ. ގިތެޔޮ އެޅި ގުޅިއަކުން ވަހެއް ނުފިލާނެއޭ ބުނެވެނީ އެހެންވެ ތާއެވެ.

    ބަނގުރޫޓު ވުމާ ދިމާލަށްދާ ސަރުކާރެއް ހޯދަން ގައްސާނުމެން ގައިވީދަނީ ކީއްކުރަން ހެއްޔެވެ. ގައްސާނު ބުނާ ގޮތުން ދަރަންޏަށް ލާރި ފޮއްޗެއް ދިއްކޮށްލާނޭ ބަޔަކު ވެސް ރާއްޖެ އަކަށް އޮތީ އެއްނޫނެވެ. އިންފްލޭޝަނަށް އަތްފޯރާނީ އެއް ނޫނެވެ. އަންނާނެ ޓޫރިސްޓަކު ހުރީއެއް ނޫނެވެ. މައްސަލަތައް ހައްލު ކުރަން ޓެކުސް ބޮޑު ކުރުމަކީ ނަތީޖާ ނެރެވޭނެ ކަމެއް ކަމަށް ވަނީއެއް ނޫނެވެ. ރިޔާސީ ވައުދު ތަކާއި ސިޔާސީ ވަޒީފާ ތަކާއި މަގާމު ތަކުގެ ގިނަކަމާ، ހަފުލާތަކާއި ދަތުރު ތަކުގެ ބޮޑު ކަމުން ހަރަދު ދެކޮޅެއް ޖެއްސޭކަށް އޮތީއެއް ނޫނެވެ. މި ވަރުގެ ކަމަކާ ހަވާލުވާން ލޮލުފިޔަ ނުޖެހިގެން ރޫޅި ވެރެނީ ދެން ކީއްވެ ހެއްޔެވެ. ރިޔާސީ މަސްތުން ހިތް ނުކެޑެނީ ތާއެވެ.

    ތިޔަ އާއިލާގެ އެކަކު އަނެކަކާ ސިޔާސީ ގޮތުން ގުޅުމެއް ނެތް ކަމަށް ދައްކައިގެން ރައްޔިތުންނަށް ޗަރުކޭސް ދައްކަން ނުހަދާށެވެ. ތިރީސް އަހަރުގެ ޗަރުކޭސް ބަލާބަލާ ހިތު ދަހެވެ. ބަފާމީހާ ހައްރުކުރީމާ ދެކިލަން ނުދިޔައީ ވެސް ހީލަތްތެރި ކަމުން ނޫން ހެއްޔެވެ. ކުޑަ ބެއަށް ހިލަންވެ ދަނޑުން ބޭރުކޮށްފާނެ ތީ ނޫންހެއްޔެވެ. މާ އިންސާފާ ހަމަ ގަބޫލުކުރާ މީހެއް ކަމަށް ދެއްކެން ހީލަތްތެރި ރޭވުމަކުން ވެސް ނުދިޔަ ނުދިއުން މީހުން ސިފަ ކުރަނީ ރަހުމެއް ނެތް ހިލަ ހިތެއްގެ ވެރިއެއް ގޮތަށެވެ. އެހެން މީހުނާ ގައުމަށް އެދޭނެ ހެވެއް އޮންނާނެ ކަމަށް މީހަކު ގަބޫލެއް ނުކުރެއެވެ.

    އަމިއްލަ އެދުމުން ފޯވެފާތިބޭ މުނާފިގުން ރައްޔިތުންގެ ކަން ކަމަށް ބަސްކީމާ ތެދެއް ވިޔަސް މީހަކު ތެދެއް ކަމަށް ގަބޫލެއް ނުކުރެއެވެ. މީހުން އަދިވެސް ގަބޫލުކުރަނީ ރަން ފާހާނާ ތަށީގެ މަސްތުގާ އުޅޭ ކަމަށެވެ.

    ]]>
    Sat, 29 Oct 2022 19:36:45 +0500 ހީރަސް
    މުއިއްޒަށް ގެއްލޭތީ އުޅެނީ ސިޔާދަތެއް ނޫން ޕީޕީއެމް ޓިކެޓް https://heerasnews.com/630 https://heerasnews.com/630

    ގެއްލޭތީ މުއިއްޒު މި އުޅެނީ ކޮންބާރެއް ހެއްޔެވެ. ތިޔަ އުޅެނީ ރާއްޖޭގެ ސިޔާދަތީ ބާރެއް ގެއްލޭތީއެއް ނޫނެވެ. ގެއްލިގެން ތިޔަ އުޅެނީ އަތުގައި އޮތް ދައުލަތް ދަވާލުމުގެ ބާރެވެ. ހިތުހުރި މީހަކަށް ފުލެޓް ދިނުމުގެ ބާރެވެ. ޕީޕީއެމަށް އޮތް ވެރިކަމުގެ ބާރެވެ. ނޫނީ ވިއްޔާ ޕީޕީއެމުގެ ރިޔާސީ ޓިކެޓް ހެއްޔެވެ. ރިޔާސީ ޓިކެޓް ހޯދަން އުޅޭވަރުން ޕާޓީގެ ހަރަކާތް ތަކުން ފޭކޮށް ބާކީ ކޮށްލާފައި ވާތީ ޔާމީނުގެ އިންޑިއާ އައުޓު މުއިއްޒަށް ހެޔޮވަރު ކޯޓަކަށް ނުވަނީ ތާއެވެ. 

    އާނއެކެވެ. މައްސަލައަކީ އިންޑިއާ ނޫނެވެ. މައްސަލައަކީ ސަރުކާރުގެ ސިޔާސަތު ބައްޓަންކުރާ ގޮތެއް ވެސް ނޫނެވެ. މައްސަލައަކީ ޕީޕީއެމަށް ވެރިކަން ނެތުމެވެ. ޗީފް މިންޓަރަކާ ޥަދަކުރަން އުޅޭކަމަށް ބުނާ ޔާމީނު މޭޔަރަކަށް ޖާގައެއް ނުދޭނެ ތާއެވެ. 

    ރާއްޖޭގެ ސިޔާދަތުގެ ވާހަކަ މޭޔަރ މުއިއްޒުމެން ނުދައްކާށެވެ. ގައުމެއް ގޮތުގައި މުޅި ދުނިޔެއިން ރާއްޖެ ބަލައިގެން ޒަމާނެއް މިހާރު ނޫނީ ދުށިން ހެއްޔެވެ. ދުނިޔޭގެ ބޮޑެތި ގައުމުތަކާއި އެއްސަފުގައި ރާއްޖޭގެ ބަސްވިކުނު އިރެއް މިހާރު ނޫނީ ދުށިން ހެއްޔެވެ. ރާއްޖެއަކީ އޮތްތަނެއްކަން ކުރިން ނޭގޭ އެތައް ބަޔަކަށް ރާއްޖޭގެ ހައިބަތާ ގައުމެއް ވަންތަކަން މި ސަރުކާރުން ނޫނީ ދެއްކުނު ހެއްޔެވެ.

    އދ ގެ ރިޔާސަތަށް ރާއްޖެ އަންނާނެ ކަމުގެ ހުވަފެނެއް ވެސް މީގެ ކުރިން ދުށިން ހެއްޔެވެ. ދުނިޔޭގެ ބޮޑެތި ނިންމުންތައް ނިންމުމުގައި ރާއްޖޭގެ ބަސް މިހާރަށް ވުރެ ރަނގަޅަށް ވިކުނު އިރެއް ދިޔަހެއްޔެވެ. ނުދެއެވެ.

    މުއިއްޒު ހީކުރަނީ އެންމެންނަކީ މޮޔައިން ކަމަށް ހެއްޔެވެ. މައްސަލަޔަކީ އިންޑިއާއެއް ނޫނެވެ. އެކަމަކު ގޮވަނީ އިންޑިއާ އައުޓެވެ. އިންޑިއާއަށް ނޭވަޔަކު ދެކޮޅު އެކި ބޭނުން ތަކުގައި ދިވެހިން ދާން މުއިއްޒަށް އޯކޭއެވެ. އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުން އޯކޭއެވެ. އިންޑިއާ ނަރުހުންނާއި ބިހާއި އަލުއްވާއި ފިޔާ ވެސް އޯކޭއެވެ. ހިލަޔާއި ވެލިވެސް އޯކޭއެވެ. ހިލޭ ދިން ކޮވިޑް ވެކްސިން ވެސް މުއިއްޒަށް އޯކޭއެވެ. އެކަމަކުވެސް އިންޑިއާ އައުޓެވެ.   

    އިންޑިއާ ފަސްޓް ޕޮލިސީއަކީ ކޮންތާކު ކާކު ގެން ގުޅޭ އެއްޗެއްހެއްޔެ. ތިޔަ ބަޔަކު ވެރިކަން ކުރިއިރު ގެންގުޅުނު ފަސްޓް ޗައިނާ ޕޮލިސީ ކަހަލަ ޕޮލިސީއެއް މި ސަރުކާރުގެ ނެތެވެ. ތިޔަ ދައްކާ "އިންޑިއާ މިލިޓަރީ އިން" ކުރިއްޔާ ކުރި ބަޔަކީ ވެސް ތިޔަ ބައިގަނޑެވެ. ސަރަހައްދު ރައްކާތެރި ކުރުމުގެ އެއްބަސްވުމެއް އިންޑިއާ އާއި އެކު ހެދީވެސް ޕީޕީއެމު ވެރިކަމުގައި ޔާމީނެވެ.

    ޕޮލިސް އެކަޑަމީގެ އެއްބަސްވުން ހެދީވެސް ޔާމީނެވެ. ހެލިކޮޕްޓަރ އެއްބަސް ވުމަކީވެސް ޔާމީނުގެ ބާރުގައި ހުރެ ހެދި އެއްބަސް ވުމެކެވެ. އެ ހުރިހާ ހަރަކާތެއްގެ ފެށުމަކީ ޔާމީނު ވެރިކަމުގައި އެޅުނު ބިންގަލެވެ. ވެރިކަމުގައި ޔާމީނު ނޫން މީހަކު މިއަދު ހުރިތީ އެކަންކަން ނަހާލު ކަންކަމަށް ހަދައިގެން އުޅެނީއެވެ.

    ކޮވިޑްގެ އާލަމީ ވަބާގައި ރާއްޖެ އިނދަ ޖެހުނަ ނުދީ އިގުތިސާދު ހަމަޔަކަށް އަޅުވާ ރައްޔިތުން ބަނޑަށް ޖެހުނަ ނުދީ އެހީތެރިވެ ދިނީ އިންޑިއާއެވެ. ރާއްޖޭގެ ކަންކޮޅު ތަކުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް ދިނުމުގެ މަދަދުގާރަކީ ވެސް އިންޑިއާއެވެ. ރާއްޖެއަށް ދިމާވާ ކޮންމެ އުދަގޫ ދަނޑިވަޅެއްގައި އެހީތެރިވެ ކޮޅަށް ޖަހާދެނީ އިންޑިއާއެވެ. ޒަމާނުއްސުރެ އޮންނަ އަހުވަންތަ ގާތް ގުޅުމުގެ ސަބަބުންނެވެ. ރާއްޖެ އަޅުވެތި ކުރުމަކީ އިންޑިއާއިން ކުރަން އުޅޭކަމެއް ނޫނެވެ. ރަހުމަތްތެރިކަމާ ގާތްކަން ފިޔަވާ އެ ނޫން ބޭނުމެއް އިންޑިއާއިން ބޭނުމެއް ނުވާނެއެވެ. އިންޑިއާގައި ބިން ކުޑަވެ މީހުން މަދުވެގެން އިންޑިއާ ނޫޅެއެވެ.

    އދ ގެ ޗާޓަރއާއި އެއްގޮތަށް އިންޑިއާ ކަނޑުގެ އަމާންކަން ކަށަވަރު ކުރުމަކީ އިންޑިއާ އާއި ރާއްޖެ އެއްވިސްނުމެއްގައި އެކުގައި މަސައްކަތްކުރާ އަނެއް ސަބަބެވެ. ސަރަހައްދުގެ ރަައްކާތެރިކަން ކަށަވަރު ކުރުމަށް އިންޑިއާއި ދިވެހި ރާއްޖެއާއި ދެމެދު ހިންގޭ ހުރިހާ ހަރަކާތެއް ހިނގަނީ އދގެ ޗާޓަރާއެއް ގޮތަށް ދުނިޔޭގެ ބެސްޓް ޕްރެކަޓިސް އަށެވެ. ވަގު ވިޔަފާރިއާއި ކަނޑުފޭރުމާއި ޓެރެރިޒަމާއި ޑްރަގާ ދެކޮޅަށް ދެ ގައުމު ގުޅިގެން ކުރާ މަސައްކަތަކީ އެމެރިކާއާއި ޗައިނާއާއި ރަޝިޔާއިން ވެސް އެއްބާރުލުންދޭ ކަންކަމެކެވެ. ޗައިނާއާއި އިންޑިއާގެ ވިޔާފާރީގެ ވާދަވެރިކަމާ ރާއްޖެ ގުޅުވަނީ ރާއްޖޭގެ ސިޔާސީ ހަސަދަވެރިންނެވެ. 

    ހަގީގަތަކީ މި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރުމަކީ މުއިއްޒު މެންނަށް ހަޖަމު ކުރެވޭނެ ކަމެއްނޫން ކަމެވެ. ސަރުކާރަށް ރަނަގަޅު ކަމެއްގައި އެހީތެރިކަމެއް ވެދޭ ކޮންމެ ބަޔަކާ ދެކޮޅަށް އިދިކޮޅޭމެން ދޮގާ ފިތުނަ އުފައްދާނެއެވެ. ހަޖަމެއް ނުވާނެއެވެ.

    އިދިކޮޅޭމެން ބޭނުންވަނީ ސަރުކާރު ދެކެ ރައްޔިތުން ރުޅި އެރުވުމަށްޓަކައި ކިތަންމެ ރަނގަޅުކަމެއް ވެސް ގޯސްކަމެއް ގޮތުގައި ދައްކާށެވެ. ރައްޔިތުންނަށް ކަންކަން ދަތިކޮށް ފަސްކޮށް ލަސްކުރާށެވެ. އިންޑިއާ މައްސަލައަކަށްވަނީ އެހިސާބުންނެވެ. އެހެން ކަމެއް ވެގެނެއް ނޫނެވެ.

    އަމީނީ މަގުހަދާކަށް ސްނާމީ ބިނާ ޕަރކް ހަދާކަށް އެހެން ކަމެއް ކުރާކަށް މުއިއްޒު ބޭނުމެއް ނުވާނެއެވެ. މުއިއްޒު ބޭނުންވާނީ ބޮޑު އަގުގައި ޕާކިންގ ސްލޮޓް ވިއްކައިގެން ލާރި ނަގާށެވެ. ހުޅުމާލޭ ބިމާ ފްލެޓްގެ ވިޔަފާރި ކުރަން ހުޅުމާލެ މުށުތެރެއަށް ނުލެވިގެން ތެޅޭވަރުން އެކަނިވެސް ކަންކަން މުއިޒުވާގޮތް އިހުސާސް ކޮށް ލެވޭނެއެވެ.

    ވަޒީތުކަމުގައި ހުރެ އައޖީއެމްއެޗް ކައިރީގައި ދައުލަތުގެ ފައިސާއިން ބާލުހަނާއެއް ހަދައިގެން މުއިއްޒު އެކުރާ މުޑުދާރު ކަންތައް ނިކަން ދެކި ބަލާށެވެ. އައޖީއެމްއެޗަށް އަންނަ ބަލި މީހުންގެ ތެރެއިން ލާރި ކޮޅުކޮޅު ގެންގުޅޭ މީހުނަށް ބޮޑުއަގުގައި ކޮޓަރި ވިއްކައިގެން އެމީހުންގެ މަޖުބޫރީ ހާލަތުގެ ފައިދާ ނަގައިގެން ޖީބުތައް ފެލައިލާވަރު ދެކި ބަލާށެވެ. ލަދެއް ހަޔާތެއް ނެތެވެ.

    އަނެއްކޮޅުން ރަށްރަށު މީހުނަށް އެއްވެސް ކަމެއް ރަނގަޅު ވުމަކީ މުއިއްޒުމެން ބޭނުންވާނެ ގޮތެއް ނޫނެވެ. ހައި ސްޕީޑް ފެރީން މުޅިރާއްޖެ ގުޅޭކަށް މުއިއްޒުމެން ބޭނުމެއް ނުވާނެއެވެ. ރަށްރަށުގައި އިންޖީނުގެތައް އަޅާ ދެވޭ ކަރަންޓްގެ ހިދުމަތުގެ ފެންވަރު ރަނގަޅުވާކަށް ނޭދޭނެއެވެ.

    ފެނާ ނަރުދަމާ ގާއިމު ވާކަށް ނޭދޭނެއެވެ. ގެސްޓް ހައުސް ވިޔަފާރި ފުޅާވެ ކުރިއަރާކަށް ނޭދޭނެއެވެ. ސިއްހީ ހިދުމަތް ރަނގަޅުވެ ރައްޔިތުން އުފަލުގައި އުޅޭތަން ދެކޭކަށް ބޭނުމެއް ނުވާނެއެވެ. ރައްޔިތުންނަށް ލުއިފަސޭހައެއް ލިބޭނެ ކަމެއް ކުރުމަށް މި ސަރުކާރަށް އެހީތެރި ކަމެއް އެއްވެސް ބަޔަކު ދިނުމަކީ އިދިކޮޅޭމެންނަށް ހަޖަމުވާނެ ކަމެއް ނޫނެވެ. އިނޑިއާއިން ސަރުކާރަށް އެހީތެރިކަން ނުދޭ ނަމަ އިންޑިއާ އައުޓު ވާހަކައެއް ނުދައްކާނެއެވެ. މިލިޓަރީ ބަޔަކު ތިއްބަސް ނުތިއްބަސް އެ ބައިގަޑަށް އޭރުން އޯކޭ ވާނެއެވެ.

    ]]>
    Sat, 29 Oct 2022 17:05:02 +0500 ހީރަސް
    ރިޔާސީ ވައުދު: ދެންވެރިކަން ލިބިއްޖެނަމަ ޔާމީނު ހުކުރަށް ގެންދާނަން! https://heerasnews.com/629 https://heerasnews.com/629 ވެރިކަމުން ބޭލި ދައުރުގައި އާރަށާ ލައްވާލާ ބައެއް ހުކުރު ދުވަސް ދުވަހު ވަލަޒިކްރުﷲ އަކްބަރަށް ޔާމީނު އާރަށު މިސްކިތަށް ތިލަވެއެވެ. އެންމެ ފަހު ވަގުތު މިސްކިތަށް ގޮސް ވާތު ކޮނޑަށްދޭ ސަލާމާ އެކު އެންމެ ފުރަތަމަ ފުންމައިގެން މިސްކިތުން ބޭރުވަނީ ޔާމީނެވެ، ފުއްވާފައި ހުރެ ކާން އިނދެގެން ދައްކަނީ އިމާމު މީހާ ދިގު ސޫރަތް ކިޔަވާތީ ޔާމީނަށްވާ އުނދަގުލުގެ ވާހަކައެވެ. އެކަމާ ހުރެ އާރަށު މިސްކިތުގެ މުދިމު ބަދަލު ކުރި އަދަދު ވެސް ނޭނގެއެވެ.

    ދީނުން ކަންދައްކަން ވެގެން ލާހެއްދެވިހާ ބޭނުމަކު ބްރިޖް ހުރަސްކުރާ މީހުން ކުރަން ޖެހެނީ މިސްކިތު ގުއްބެއްހެން ހަދާފައި އެހެރަ ބޮޑު މަލާމާތުގެ ދަށުންނެވެ. ބުނާ ކަހަލައެވެ. ކަލޭމެން ކުރާހާ ފާހިޝް ނުބައިކަމެއް ކުރަންވާނީ މިސްކިތު ގުއްބުގެ ނަމޫނާ ހުރަސްކޮށް އޭގެ ދަށުން އައިސް ގޮސް ވެގެންނެވެ. ހިތުގައި ނެތް ދީނީ ލޯބި ދަނގަޑާ ކޮންކްރީޓުން ހަދާ ބޭރު ފުށަށް ދެއްކުމަށް ވުރެ ބޮޑު ފުރައްސާރައެއް އިސްލާމް ދީނަށް ކުރެވިދާނެ ހެއްޔެވެ. 

    ސަލްމާން މިސްކިތަށް ސަރުކާރުގެ ވެރިޔަކު ނުގޮސްގެން ކަންބޮޑުވާ ދީނީ ސޭޓުން ސޯޝަލް މީޑިއާގައި އުޅޭތީ ދެކެމެވެ. ތިމާ ހުކުރަށް ދަނީ ބޯގުނަން ހެން ވެސް ހީވެއެވެ. ހުކުރު ހަމަވޭތޯ ގުނަން ދާލައިގައި މަދޮށި ބަހައްޓައިގެން ގުނި ޒަމާން ހިގައްޖެއެވެ.

    ސަލްމާން މިސްކިތުގެ ލައިޝަރޓް ޓިނު ދަބަރަށް ނުވަނީސް އެ މިސްކިތުގެ ވާހަކަ ދައްކައިގެން ސިޔާސީ މޮޅު ހޯދަން އުޅޭ ޔާމީން އެ މިސްކިތަށް ނަމާދަށް ނާރާތަނުގައި ހުކުރަކަށް އެރުވިއްޔާ މާތާހިރު ވާނެއެވެ.

    އަދި ބުނަން ހެއްޔެވެ. ޔަހުދީ އަދި ނަސޯރާ ދީނުގެ ބާތިލު އަގީދާއެއް ކަމުގައިވާ ތިނެސްކަން ލޯ ސަލްމާނު މިސްކިތުގެ ފުރާޅުގެ ތެރެއިން ބަޔަކު ދައްކައެވެ. މި ބުނަނީ އެއް ޑޮލަރުގައި ކުރަހާފައި ހުންނަ އަހުރާމުން ރަމްޒުކުރާ ތިނެސްކަން ލޮލުގެ ވާހަކައެވެ.

    އެއީ އެގޮތަށް ފަރުމާކޮށްގެ އެހެން ބަޔަކު ކުރިކަމެއް ނަމަ އެ މިސްކިތުން ދައްޖާލުގެ ލޯ ފާޅުވާތީ މިސްކިތް ތަޅާލަން ޕީޕީއެމް އިސްވެ އޮވެ ނިކުތީހެވެ. 

    ދެން ވެރިކަން ލިބިއްޖެއްޔާ ކުރާނެ ކަންކަން އެބަ ކިޔައެވެ.

    ޖަންގަލީގައި އުޅޭ މިނިކާ މީހުން އަލަށް ފެންނަ އެ ނޫން އިންސާނުން އަތުލައިގަނެގެން އަލިފާން ގަނޑުން ފިހަން ގެންދާ މަންޒަރު ބައިސްކޯފުން ފެނެއެވެ.

    ދެން ވެރިކަން ލިބިއްޖެއްޔާ އެގޮތަށް ތަންޑިޔާ ލައިގެން ވިޔަސް ޔާމީނު ހުކުރަށް ގެންދަން އިދިކޮޅުން ވައުދުވިއްޔާ މާރަނގަޅު ވާނެއެވެ.

    ތަންޑިޔާ ކޮނޑު އަޅަން ބާރަށު ސުޖާބެއަކީ ރަނގަޅު މަސްގަނޑެކެވެ. ފައިނު މާވަޑި އުމަރު ގޯތި އާދަނާ، ނައިފަރު ޝިޔާމާ އެއީ ޔާމީނު  ހުކުރަށް ގެންދާ ތަންޑިޔަލަށް ހެޔޮވަރު ކޮނޑުތަކެވެ. ނަމަނަމަ މުންދާއި ހިސްޓޯ ގާތް ނުކުރައްޗެވެ. އޭރުން ލުޔެއް ނުލިބޭ ތަނުގައި އެދެމީހުން ތިބޭނީ ތަންޑިޔަލުގައި އެލިގެންނެވެ. ހުކުރަށް ގެންދަން ފެންވަރުވަން އެންމެ ރަނގަޅުވަނީ ފިނިފެން މަލެއް ފަދަ ތުރާކުނު ސައީދެވެ. 

    ]]>
    Fri, 28 Oct 2022 18:58:42 +0500 ހީރަސް
    ގައުމީ ސަލާމަތަށް އެންމެ ބޮޑުނުރައްކަލަކީ ޖަމީލު! https://heerasnews.com/628 https://heerasnews.com/628 ބޮޑު ފަނޑިޔާރު ހުކުމް އިއްވައިފިއެވެ. މުޅި ދުނިޔޭން އެހުކުމް ތަންފީޒު ކުރަން ފޫގަޅައިފިއެވެ. ޖަމީލު ފަނޑިޔާރު މަނިކުފާނުގެ ހުކުމް ތަންފީޒު ކުރަން އެމެރިކާއާއި ރަޝިޔާއާއި ނޭޓޯ އެތިބީ އަތުގުޅައިގެން ރާއްޖޭގެ ރައީސް ވެރިކަމުން ބާލަން ކަނޑި ކަންފަތް މައްޗަށް ދަމައިގަނެވެ. ރާއްޖޭގެ ރައްޔިތުން އެ ތިބީ ޖަމީލު ފަނޑިޔާރު މަނިކުފާނު އިއްވި ހުކުމާ އެއްގޮތަށް ގުޅަކުޅޭ ފަސްގަޑަށް ހަވަރު އެއްވެއެވެ. ރައީސް ސޯލިހު އެ އޮންނެވީ ފަޅު އޮތް ބޮއްކުރައެއްގެ ވަތުތެރޭ އަމީން ދީދީ އޮންނެވި ހާލުކޮޅުގައެވެ. ޖަމީލަށް ހީވާގޮތް ދޯއެވެ.

    ދިވެހި ޖުމްހޫރިއްޔާގެ ގާނޫނީ ރައީސުންނާ ދެކޮޅަށް ޖަމީލުގެ " އަނގަ.." ކޯޓުން ފިސާރި ގިނަ ހުކުމް ނެރުނީމު ނޫން ހެއްޔެވެ. ރައީސް ނަޝީދަށް ދިގު މުއްދަތުގެ ޖަލު ހުކުމެވެ. ރައީސް ޔާމީނަށް އުމުރު ދުވަހުގެ ޖަލު ހުކުމެވެ. ރައީސް ސާލިހު ހަވަރަށް ދިނުމެވެ. މިހާ ވަރަށް މީހެއްގެ ބުއްދި ފަސްވީމާ އެ މީހަކު މުޖުތަމައުން އެއްފަރާތް ކުރާކަށް ނުޖެހޭ ހެއްޔެވެ.

    ޖަމީލު ތިޔަ އުޅެނީ ކީކޭ ހިތައް އަރައިގެން ހެއްޔެވެ. ޖަމީލު ވަރުގެ ގާނޫނު ދަންނަ މީހަކު ނެތިގެން ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގި އަމިއްލަ ނަފްސުގެ އިތުބާރު ތިޔަ ނަގާލަނީ ކޮން އެއްޗެއް ނުލިބިގެން ހެއްޔެވެ. ގާނޫނު އަސާސީގެ 115 ވަނަ މައްދައާއި 152 ވަނަ މާއްދާ އަކީ ޖަމީލު އެކަނި ދަންނަ އެއްޗަކީ ހެއްޔެވެ. މިއަދު ރައީސް ސާލިހު ހުވަޔާ ހިލާފު ވެގެންނޭ ކިޔައިގެން ކޮށިއަރައިގެން އުޅޭތަން އެބަ ފެނެއެވެ. މާދަމާ އެ ސާލިހު ވަރެއް ނެތިގެން ދިފާއުގައި ތެޅި ބާލާތަން ވެސް ދެކޭނަމެވެ.

    ރަތް މަހަށް ނުގޮވާހާ ކުނި ފުޅަ ރައީސް ޔާމީނަށް ގޮވާފައި މިހާރު ތިޔަ ގައިވީދަނީ ޔާމީނު ދިފާއު ކުރާށެވެ. ރައީސް ނަޝީދު ވަރުގެ ވެރިކަމަށް ކުފޫ ހަމަނުވާ މީހަކު ނެތިގެން ދަށްބުޑު ފެންނަ ވަރަށް އަރުވާ ޖަހައިގެން ފުމުނީ ވެސް ތިޔަ ޖަމީލެވެ. އިރު ކޮޅަކުން ޔާމީނު ފަހާލީމާ ނިކުމެ ދީވަލްޕާ ހެދިގެން ރައީސް ނަޝީދު ކޮނޑަށް ސަވާރުވެ އެމްޑީޕީ ވެރިކަމަށް ގެންނަން ދެލިބޭލީ ވެސް ތިޔަ ޖަމީލެވެ.

    ތިޔަ ޖަމީލަކު ނޫނަސް ގާނޫނު ދަންނަ މީހުން ރާއްޖޭގައި އެބަތިއްބެވެ. ރާއްޖޭގެ ގާނޫނީ ރައީސް ހަވަރަށް ދޭން ގޮވާލުމަށް ވުރެ ވަކިން ބޮޑު ޓެރެރިޒަމްގެ ކުށެއް ނުއޮންނާނެއެވެ. އެނގޭ ހެއްޔެވެ. ތިޔަ ކަނޑުވާލެވެނީ ރާއްޖޭގެ ތިން ބާރުން އެއްބާރު ކަމުގައިވާ ޖުޑިޝަރީގެ ގާނޫނީ ބާރެވެ. ބިރު ދައްކަން ތިޔަ މަސައްކަތް ކުރަނީ ވެރިކަން ހިންގާ ބާރަށެވެ. ތިޔަހަރިއްޔަކީ ސިޔާސީ ކަންކަމެއް ނޫނެވެ. ތިޔައީ ސީދާ ޓެރެރިޒަމެވެ.

    ހަމަތެދެކެވެ. ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ޖަމީލަށް ވެއްޖެއެވެ. ޖަމީލު ހިންގާ ޓެރެރިޒަމާ ދެކޮޅަށް ގައުމީ ސަލާމަތީ ބާރުތަކުން ފިޔަޅުނާޅާ ތިބުމަކީ ވަރަށް ބޮޑު ގޯހެކެވެ. ރާއްޖޭގެ ގާނޫނީ ތިން ރައީސުންނަށް ބިރު ދެއްކުމަށް މަސައްކަތްކޮށް ބިރުދެއްކި ދެވަނަ މީހަކު ޖަމީލު ނޫނީ ނޫޅެއެވެ. ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑުއެއް ނުރައްކަލަކީ ހަގީގަތުގައި ވެސް ޖަމީލެވެ.

    ]]>
    Fri, 28 Oct 2022 15:25:20 +0500 ހީރަސް
    އަދުރޭއަށް ކެހިދޭން ޔާމީނު ވައުދު ވެއްޖެ! https://heerasnews.com/627 https://heerasnews.com/627

    ޔާމީނާ ކޯލިސަން ހަދައިގެން އުޅެނީ އަދުރޭއެވެ. އެނޫން މީހަކު ޔާމީނާ ކޯލިސަން ހަދައިގެން އުޅެނީއެއް ނޫނެވެ. އަމްދުން އެ ދެއްކި ވާހަކަ އަކުން އެހެން ބަޔަކު ކޯލިސަން ހަދާކަށް ވެސް ނޫޅޭނެ ތާއެވެ. ފުރަގަހު ބެނާގައި ޕީޕީއެމް-ޕީއެންސީ ޖަހައިގެން ހުރެ ކުރިއަށް އޮތް އެއްވެސް އިންތިހާބެއްގައި އެހެން ބަޔަކަށް ވާދަކުރަން ގޮނޑިއެއް ދޫކޮށް ނުލާނެ ކަމަށް ޔާމީނު ބުނީ ނޭނގިގެން ނޫންކަން ޔަގީނެވެ. އެހެން ޕާޓީ އަކަށް އެއްވެސް ގޮނޑިއެއް ދޫނުކުރާނެ ކަމަށް ޔާމީން އެ ބުނީ ވަރަށް ފާޅުގައެވެ. އެހެން ޕާޓީތަކާ ކޯލިޝަން ހެދިޔަސް، ދެން އެއްވެސް ދާއިރާއެއްގެ އެއްވެސް ގޮނޑިއެއް އެހެން ޕާޓީ އަކަށް ދޫކޮށްނުލާނެ ކަމަށް ޔާމީން އެ ބުނަނީ ފިސާރި ގަޓު ހުރެގެންނޭ ހީވެއެވެ.

    ކައުންސިލް އިންތިހާބުގެ ކައުންސިލް ގޮނޑިއެއްހާ ހިސާބު ވެސް ދެނެއް އިއްތިހާދުގެ ޕާޓީއަކަށް ދޫނުކުރާނެ ކަމަށް ބުނަމުން ރައްޔިތުންގެ މަޖިލިސްގެ މެމްބަރުކަމަކީ އެއަށް ވުރެ މާ ސީނިއާ ކަމެއްކަމަށް ޔާމީނު ބުންޏެވެ. އެހެން ވީމާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ވެސް އެއްވެސް ދާއިރާ އަކުން ދޫނުކުރާނެ ކަމަށް އަޑަށް ބާރުލާފައި ބުންޏެވެ. ޔާމީން ބުނާ ގޮތުން ދ. އަތޮޅާއި ނ. އަތޮޅަކީ ކުރިން އެމްޑީއޭއަށް ދޫކޮށްލާފައި އޮތް ދެ އަތޮޅެވެ. އެކަމަކު ދެން އެ ގޮތަށް އަމަލު ނުކުރާނެ ކަމަށް ބުނެ ސަންޓްރެވަލް ޝިޔާމަށް ވެސް ކޮޅުއެއްލިއެވެ.

    އެ ދުވަހަކުން ހުރިހާ ގޮނޑި އެއްގައި ބަގުޑި ބައްދައިގެން އޮންނާނީ ޔާމީނު ކަމަށް ރަށު ތެރޭގައި ކުދިން ކިޔާ އުޅެއެވެ. ފައިސާއާއި ބަރާ ހެދި ބޯ ސަކަރާތް ވަނީ ތޯއްޗެކޭ ކިޔާ މީހުންވެސް މަދެއް ނޫނެވެ. ޔާމީނު ދޫ ނުކުރިއްޔާާ އެހެން މީހަކަށް ގޮނޑިއެއް ނުލިބޭނެތޯ ސުވާލު ކުރާމީހުން ވެސް އުޅެއެވެ. ހުދުމުހުތާރުކަމާ އަނިޔާވެރިކަން އިތުރަށް ކިޔައިނުދިނަސް ރައްޔިތުންނަށް ކަންކަން ވަރަށް ސާފެވެ. ޕާޓީތަކުން ކޯލިޝަން ހަދަނީ އެ މީހުންނަށް ވެސް ފައިދާ ތަކެއް ވާތީއެވެ. އެހެން ނޫނީ ވިއްޔާ ވަކި ޔާމީނާ އެއްކޮށް ކޯލިޝަން ހަދަންވީ ސަބަބެއް ނެތެވެ.

    ގޮނޑިއެއް ކީއްކުރަން ހެއްޔެވެ. އެއްވެސް ފައިސާއެއް ވެސް ދޫނުކުރާށެވެ. ދޫކޮށްފިއްޔާ ޔާމީނަށް މަދުވާނެއެވެ. އެކަމަކު ރައްޔިތުން ޔާމީނަށް ގޮނޑިއެއް ދޭނެބާއޭ ހިތަށް އަރައެވެ. ގަދަބަސް ބުނާއިރު ހީވަނީ 2023 ކާމިޔާބު ކޮށްގެން އަރާ ހުންނަ ހެންނެވެ. އެރުނިއްޔާ އެރިފައި ޔާމީނަށް ތިޔަ ހުރެވެނީ ޒާތެއްގެ އެއްޗަކަށެވެ.

    ޕީޕީއެމް އާއި އެކު މިހާރު އިއްތިހާދު ވެގެން މަޖިލިސްގައި ތިބީ ޕީއެންސީ މެންބަރުންނެވެ. ޔާމީނު މި ދައްކަނީ ފައިނު މާވަޑި އާދަނުމެން މަގުމަތިކޮށްލާނެ ވާހަކައެވެ. އާދަނުމެން ހުޅުބު ފައިބާ އިރުވެސް އެފަތަނީ ޔާމީނައިގެންނެވެ. އެކަމަކު އަދުރޭ ދެކެ އަރާފައިގެންފައި ހުރި ރުޅީގެ ވަރުން މިހާ ކުރިން ޔާމީނު އެ ހުރީ ފުފޭވަރެވެ. 

    މި ވާހަކަ ދައްކައިގަތީމާ މި ވާހަކަވެސް ކެންސަލް ކުރާނެއެވެ. އެކަމަކު އާހިރުގައި ކަންތައް ކުރާނީ ޕީއެންސީއަށް ވެސް އިންތިހާބެއްގައި ވާދަކުރަން ޖާގަ ނުދޭ ގޮތަށެވެ. 

    ]]>
    Fri, 28 Oct 2022 01:10:20 +0500 ހީރަސް
    ޗާގޯސް މައްސަލަ: ކުރިން ބުނި އެތި ކެންސަލް https://heerasnews.com/626 https://heerasnews.com/626 ފޯޅަވަހި ގެއްލުނީ ދިވެހި ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ ޔާމީނު ދައްކާ ވާހަކައިގެ ފުލެއް ބިތެއް މައްޗެއް ނެތެވެ. ފޯޅަވަހި ގެއްލުމަށް ފަހު އަނބުރާ ހޯދޭނެ އެއްވެސް ގޮތެއް ނުފެންނަކަމަށް ޔާމީނު ބުނާއިރު ފޯޅަވަހި ރާއްޖެއަށް އޮތީ ކޮން އިރަކު ހެއްޔެވެ. ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ބަޔަކަށް ވެގެން އެ ތަން ހޯދަން ރާއްޖޭން އުޅުނީ ކޮން އިރަކު ހެއްޔެވެ.

    ޔާމީނޫއެވެ. ޔާމީނު ފޯޅަވަހީގެ ވާހަކަ ދައްކާއިރު ހީވަނީ ޔާމީނުގެ ވެރިކަމުގައި ފޯޅަވަހި ރާއްޖެއަށް ހޯދަދީފައި އޮއްވާ މި ސަރުކާރުން ދޫކޮށްލީ ހެނެވެ. ޔާމީނުގެ ވެރިކަން ނިމި މި ސަރުކާރަށް ފެށުނު ފަހުން 2019 ވަނަ އަހަރު އދގެ އާއްމު މަޖިލީހުގައި ޗާގޯސްގެ ސިޔާދަތު މޮރިޝަސްއަށް އޮތުމާ މެދު ފެންނަ ގޮތެއް ބެލުމަށް ވޯޓެއް ނެގިއެވެ. އެ ވޯޓުގައި މޮރިޝަސްއާއި ދެކޮޅަށް ރާއްޖޭން ވޯޓުދީގެން ޕީޕީއެމުން ހީވީ ބޮލަށް އުޑުވެއްޓިގެން އުޅުނުހެނެވެ.

    އަޅުވެތި ކުރުމަށް ދިވެހި ސަރުކާރުން ތާއީދުކުރާ ކަމަށް ވެގެން ސަރުކާރު ކުށްވެރިކޮށް ބަޔާން ނެރުނީ ތިޔަ ޔާމީނެވެ. މިހާރު ކުރިން ދެއްކި ވާހަކައާއި ނެރުނު ބަޔާން ކެންސަލް ވީދޯއެވެ. އެކަމާ އުޅުނަސް ފޯޅަވަހި ރާއްޖެއަށް  ނުލިބޭނެ ކަމަށް ޔާމީނު އެބަ ގަބޫލުކުރެއެވެ. އެ ކަމަކު ސުލްހަވެރި ހައްލެއް ހޯދައިގެން އިގުތިސާދީ ސަރަހައްދުން ބައެއް ނުގެއްލޭނެ ގޮތަކަށް މޮރިޝަސްއާއި އެކު އެއްބަސް ވެގެން ވެސް ނުވެއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެން ވާކަމަށް ރާއްޖޭން ގަބޫލު ކޮށްފިނަމަ އިމުން ފުށުއަރާ ބައި ރާއްޖެއަށް ދޫކޮށްލަން މޮރިޝަސް ތައްޔާރަށް ނެތްކަން ޔާމީނަށް އެނގެނީ ކިހިނެއް ހެއްޔެވެ.

    ޔާމީނޫއެވެ. ރާއްޖެއަށް ފޯޅަވަހި ހޯދަން ޔާމީނު ވެރިކަމުގައި ނޫޅުނީ ރަސިއާގައި ހުންނަ ކަހަލަ ހަތިޔާރު ނެތިގެން ހެއްޔެވެ. ނޫނީ އެ ވިސްނުން ނެތިގެން ހެއްޔެވެ. ފޯޅަވަހީ ކަނޑުން ރާއްޖޭގެ މަސްވެރިން މަސްވެރިކަން އޭރު ނުކުރާތީ ހެއްޔެވެ. މޮރިޝަސް އިން އިނގިރޭސި ވިލާތާ ދެކޮޅަށް ޗާގޮސްގެ ސިޔާދަތީ ބާރު އެ ހޯދަނީ އެ މީހުންގެ އަތުގައި ނިއުކުލިއަރ ހަތިޔާރު ހުރުމުން ހެއްޔެވެ. ޗާގޯސް ދޫކޮށްލަން ނުވަތަ ދޫނުކޮށް ހިފަހައްޓަން ރާއްޖެއަށް އިހުތިޔާރު އޮތީ ކޮން އިރަކު ހެއްޔެވެ.

    ޔާމީނޫއެވެ. ރިޔާސީ ހުވަފަނެއްގެ އުޅުއްވަނީ ކާނަލް ނާޒިމް އެކަނި ހެއްޔެވެ. ރައްޔިތުންނަށް ކަމުނުގޮސްގެން ފައްސާ ނަގާލީމާ ވެސް ވެރިކަމަށް ބަނޑު ކެނޑިފައި ހުރިވަރުން ޔާމީނު ތިޔަ ޖަހަނީ ވަކިން ކޮން މަރުފައްޔެއް ހެއްޔެވެ. ދެރައީ ނޫނު އަތޮޅަށް އަރާ ސަންޓްރެވަލް ޝިޔާމަށް ކުރު ދޮށިން ނުދޭތީއެވެ. ކާނަލް ނާޒިމާއި ގާސިމް ގައިގާ ޖެހިގެން ފުއްދާ ލާތީއެވެ.

    މާތްކަލާކޯ ޔާމީނޫއެވެ. ވަގަށް ވިޔަސް ގުދަށް ވިޔަސް އެއްކޮށްފައި ހުރި އެފައިސާއާ މިފައިސާއާ ނެތްފައިސާ ހަރަދު ކޮށްގެން ތިޔަ ކުރާ ބޭކާރު މަސައްްކަތް ހުއްޓާލާފައި ގެއަށް ވަދެ ބިސްފީ ވަންދެން ފީކުކުޅު ބަނޑު ދަށުގައި އޮވެބަލާށެވެ. އަޅަންފެށި ޖިފުޓި ގަނޑުވެސް އެ ހުރީ ނުނިމި ވިއްޔާއެވެ. ބޮލަށް ބޭސްކުރަން ވެސް ޖެހޭ ނޫންހެއްޔެވެ. ވެރިކަމުގައި ހުރި އިރުވެސް މުޅިންހެން އުޅުނީ ބޮލަށް ބޭސްކުރުމާއި ނިދުމުގައި ނޫންހެއްޔެވެ. އެހެން މީހުން ދެބަންދިހާރުވާ ވާހަކަ ނުދައްކާށެވެ. ތިމާ ދެބަންދިހާރު ވެފައި ހުރިވަރުން ކައިރީގައި ތިބި ބަޔަކު ތިމާ ލައިގެން ހުރި ހަރުވާޅުގެ ނާޑުވާ ދަމައިގަނެގެން ގެންދިޔަ އިރުވެސް ނޭގުނު ވާހަކަ އަމިއްލައަށް އެބަ ބުނަމު ނުންހެއްޔެވެ.

    ]]>
    Thu, 27 Oct 2022 23:04:35 +0500 ހީރަސް
    ޗާގޯސްގެ ކަންތައް ރައީސް ސާފުކޮށް ދެއްވައިފި https://heerasnews.com/625 https://heerasnews.com/625 ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސްޓޭންންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސާފުކޮށްދެއްވައިފިއެވެ. ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ އެކަން އޮތްގޮތް ވިދާޅުވެ ދެއްވީ ކަންކަން ރަނގަޅަށް އެނގިތިބެ ބަޔަކު ސިޔާސީގޮތުން ނަފްރަތު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ. ދެމޫނުގެ ވެރިބަޔަކަށް ނުވެ ތެދުބަހުން ވާހަކަ ދެއްކުމަށް އިލްތިމާސް ކުރައްވަމުންނެވެ.  

    ތެދު ފުޅެކެވެ. ހަގީގަތް އެނގި ތިބެ މަސްލަހަތު ނަގައިލުމަށް އޮޅުވާލައިގެން ވާހަކަ ދައްކާ މީހުން ލައްކަގިނައެވެ. ދޮގު ވާހަކަތަކާއި ޔޯލަ ވާހަކަތައް ފަތުރަނީ ފުރިހަމަ މުސްލިމުންނޭ ކިޔައިގެން ތިބެއެވެ. ތެދުބަހުން ވާހަކަ ދައްކައިގެން ދެމޫނުގެ ވެރި ބަޔަކަށް ނުވެވޭނެ ނޫން ހެއްޔެވެ.

     ކުރީގެ ރައީސް ނަޝީދު: މޮރިޝަސްގެ އެންމެ މަތީ މެޑެލް އެރުވި

    ދެމޫނުގެ ވެރިން މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގެ ވާހަކަ ދައްކަނީވެސް ސިޔާސީ މަންފާއަށްޓަކައެވެ. ހުޅުވިފައިވާ ހައްގު ކަށަވަރު ކުރުމުގެ އަޑު އެއް އަޑަކަށް ގުގުމާލާފައިވާ ޑިމޮކްރެޓިކް މި ޒަމާނުގައި ވެސް ދޭދޭ ގައުމުތަކުގެ މެދުގައި އުފެދިފައި ހުރި ސަރަހައްދީ އިމުގެ އެތައް މައްސަލައެއް ހައްލުނުކުރެވި އެ އޮތީއެވެ. ބޮޑެތި ބާރުތަކުގެ މެދުގައި ވެސް އޮތީ އެކޯޅުމެވެ.

    ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގައި އޮތް ފުށުއެރުމުގެ މައްސަލައަށް ހައްލެއް ނުހޯދި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެކި ދުވަސްވަރު އޮތް ސަރުކާރުތަކުން އެކި ފެންވަރުގައި މަޝްވަރާ ކުރެވުނެ. އެގޮތުން މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރު އިނގިރޭސި ސަރުކާރާ އެކުގައި މަސްވަރާކޮށް ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދު ފުށުއަރާ ސަރަހައްދު، ދެ ގައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް އެއްބަސްވެވުނެވެ. އޭރު އިގިރޭސީންނާ މަސްވަރާ ކުރެވުނީ ޗާގޯސްއަކީ އިގިރޭސީންގެ ސިޔާދަތުގައި އޮތް ތަނަކަށް ވާތީއެވެ.

    މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ބައިނަލްއަގުވާމީ ދަނޑުގައި ހެސްކިޔާފައި މަސައްކަތް ކުރިއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު އޮންނަން ވާނީ މޮރިޝަސްއަށް ކަމަށް ވަކާލާތު ކުރަމުން ދިޔައެވެެ. މޮރިޝަސްގެ ދައުވާ ބައިނަލްއަގުވާމީ ގޮތުން ވައިގައި ހިފަމުން ދިޔައިރު 2011 ގައި ރާއްޖެއިން މޮރިޝަސްއާއި އެކު ވެސް ފުށުއަރާ ކަނޑުގެ ސަރަހައްދަ ގުޅޭ ގޮތުން މަސްވަރާ ކުރިއެވެ.

    ކުރީގެ ރައީސް ނަޝީދު: އިމުގެ މައްސަލަގައި މޮރިޝަސްއާ މަސްވަރާކުރި

    ފުށުއަރާ ކަޑުގެ އިމުގެ މައްސަލާގައި މޮރިޝަސްއާއެކު ރާއްޖެއިން މަސްވަރާތައް ކުރެވެމުން ދިޔައިރު ވެސް ރާއްޖެއިން ގަބޫލު ކުރަމުން އައީ ޗާގޯސްގެ ސިޔާދަތީ ބާރަކީ އިގިރޭސި ވިލާތް ކަމަށެވެ. އެއްވެސް އިރަކު އެއްވެސް ސަރުކާރަކުން ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ ރާއްޖެއަށް ކަމަކަށް ނުދެކެއެވެ.

    މި ސަރުކާރަށް ވީފަހުން 2019 ވަނަ އަހަރު ޗާގޯސްގެ ސިޔާދަތީ ބާރުވެރި ފަރާތަކާ ބެހޭ ގޮތުން ދުނިޔޭގެ ގައުމުތަކުން ދެކޭ ގޮތް ބެލުމަށް އދ ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓުދިނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބިގެން ނުވާކަމަށެވެ. ރާއްޖޭގެ އިތުރަށް އެހެން ފަސްގައުމުން މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިން ނަމަވެސް ދުނިޔޭގެ 116 ގައުމަށް ފެނުނީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސްއަށް ކަމަށެވެ. އެ ނިންމުމަށް ބާރު ދެނީ ދުނިޔޭގެ ކޯޓުގެ އިސްތިޝާރީލަފައެކެވެ.

    އދ ގެ އާއްމު މަޖިލީހުގެ އެ ނިންމުމާއި އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބިނާކޮށް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެން ނުވާ ތަނެއް ކަމަށް ބެލުމުގެ ފުރުސަތު މިހާރު ވަރަށް ހަންޏެވެ. މި އަސާސްގެ މައްޗަށް މޮރިޝަސްއާއި ދެކޮޅުވެރި ވެގެން ރާއްޖެއަށް ވާނެ މޮޅެއް ނެތެވެ. ސުލްހަވެރި ކަމާއެކު އިމުގެ މައްސަލަ ހަމަޖައްސަން އޮތް އެންމެ އަވަސް، ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަކީ ދުނިޔޭގެ ގިނަ ގައުމުތަކާ އެއް ކޮޅަށް ރާއްޖެއިން އެރުމެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލައިގައި މޮރިޝަސްއާއި އެއްކޮޅަށް ރާއްޖޭން ވޯޓުދޭން ނިންމީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން އަކަ އިންޗިއެއް ވެސް ގެއްލުނަ ނުދިނުމަށެވެ. ރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށް ކުދި ގައުމުތަކުގެ މައްޗަށް ބޮޑެތި ގައުމު ތަކުން ގެންގުޅެމުންއައި އަަޅުވެތި ކުރުމުގެ އާދަކަދައާއި ދެކޮޅަށެވެ.

    ހަރު ތަޅާލީމާ ނިކުމެ ދުއްވައި ގަންނަ ކަޅުވެން ތަކެއްހެން ފިތުނައެއް ފެށޭ ކޮންމެ ދަޑިވަޅެއްގައި ވިހަލާން އާޒިމާއެއް ދިޔާނާއެއް އުޅޭނެ ކަމެއްނެތެވެ. ބަންޑާރަ ނައިބުކަމުގައި ތިބެ ހޭވި ހަޑިން ގައުމުގެ ރައްޔިތުން އަދިވެސް އެ އުޅެނީ އަރައި ނުގަނެވިގެންނެވެ. ޗާގޯސްއަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ނުބުނެވެންޏާ ވެރިކަމުގައި ހުރެ ޗާގޯސް ރާއްޖެއަށް ހޯދަން ނޫޅެ ބޮޑުވަޒީރުކަމުގެ ދަހިވެތިކަމުގައި ނަޝީދެއް ކަމަކު ދުފާއެއްޗިއްސޭ ނުކިޔާ ހުރި ހާލަށް ހުރެވޭތޯ ބަލާށެވެ. ޑީލެކޭ ފައިސާއެކޭ ނުކިޔާ އަނގަވެސް ނުހުޅެވޭ ޔާމީނު މަސްވެރިންނޭ އިގްތިސާދީ ސަރަހައްދޭ ނުކިޔާ ވަގަށް ނެގިހާ ފައިސާ ދައުލަތަން އަނބުރާ ދިނިއްޔާ މާ ތާހިރުވާނެއެވެ. ހަގީގަތް އެނގި ތިބެ މަސްލަހަތު ނަގައިލަން ނޫޅެ ދެމޫނުގެ ވެރިން ގެއަށް ކަޑާލަންވީ ނޫން ހެއްޔެވެ.

    ]]>
    Thu, 27 Oct 2022 18:27:37 +0500 ހީރަސް
    ދެބަންދިހާރު ޔާމީނު https://heerasnews.com/624 https://heerasnews.com/624

    އެއްވެސް އިރަކު އެއްވެސް ތަނެއްގައި މާފިޔާ ގޭންގް ލީޑަރުންގެ މައްޗަށް ގާނޫނީ ބާރު ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. އެންމެ ނުރައްކާތެރި މާފިޔާ ލީޑަރ އެންމެ ބޮޑު މުލުވަގު ގާނޫނީ ބާރު ނުހިނގާ ވާހަކަ ދައްކަނީ އޭނާގެ މައްޗަށް ގާނޫނީ ބާރު ނުހިނގާތީއެވެ. މުލުވަގުގެ މައްޗަށް ގާނޫނީ ބާރު ނުހިނގަނީ ނުހިންގޭ ގޮތަށް ދުރާލާ ތަރުތީބުކޮށްގެން ހުންނާތީއެވެ.

    މުޅިދައުލަތުގެ ތެރޭގައި ވަގު ހަން ލައިގެން މުލުވަގުގެ އެޖެންޓުންނެވެ. ފުލުހެއް އެންޓިކޮރަޕްޝަނެއް ކޯޓެއް އެކަމުން އިސްތިސްނާނުވެއެވެ. ކަންކަން ހަމަ މަގުން ކައްސުވާލުމަށް މުލުވަގު ބޭނުން ކުރާ އެންމެ ނުރައްކަތެރި ބަޔަކީ ކޮންމެ އިދާރާއެއްގައި ވެސް ތިބޭ ތަންފިޒީ މުއައްޒަފުންނެވެ. ތަންތާގެ އިސްވެރިންނަށް ވުރެ މިބައިގަޑުގެ ނުރައްކާތެރިކަން ބޮޑެވެ. ކަންކަން މަތިއަޅާ އޮޅުން ބޮޅުން ކުރަނީ އެމީހުނެވެ. ކޮންމެ ނިންމުމެއް ނިމިގެންދަނީ މަކަރުވެރި ކަމާއެކު ވަގުހަންލީ އެޖެންޓުން ކޮށާމަށާ ބައްޓަން ކޮށްފައި އޮންނަ ގޮތަކަށެވެ.

    ތަހުގީގެއް ނަމަ ސާބިތުކުރެވޭ ގޮތަށް އޮތް ހެއްކެއް ގަރީނާއެއް އިޖުރާއަތު ހަމަވާ ގޮތަކަށް އޮތަކަ ނުދޭނެއެވެ. ފެންނަ ތަން ފާހަގަ ނުކޮށް ބެދޭމަޅި ދޫކޮށް ލާނެއެވެ. ދައުވާކޮށް ޝަރީއަތް ކުރެވޭނީ ބެދޭމަޅި ދޫވެފައި އޮންނަ ތަހުގީގެއްގެ މައްޗަށެވެ. ވެރިކަމުގައި ހުރެ ތަރީހު ނުދެކޭ ވަރުގެ ބޮޑެތި ވައްކަން ކޮށްގެން ހުރެ ޔާމީނަށް އަނގަ ފުޅާކުރެވެނީ އެހެންވެއެވެ. ހަތްދިހަ އަށްޑިހަ ފަޅުރަށާއި ފަޅުގެ ވަގު ޑީލު ހިންގާ ބިލިޔަނުން ދައުލަތް ދަވާލައިގެން ހުރެ އެއިން އެއްވެސް ކަމެއް ނުދެނެ ހުރީމޭ ޔާމީނު އެކިޔަނީ ކިޔެން އޮވެގެނެވެ. ޔާމީނުގެ މައްޗަށް ކުށް ސާބިތު ނުކުރެވޭ ގޮތަށް ކަންކަން ތަރުތީބުކޮށް ދައުލަތުގެ ތެރޭގައި އަތުރާފައި ތިބި ވަގުހަންލީ އެޖެންޓުން އެ މީހުންގެ ދައުރު ބަރާބަރަށް އަދާ ކުރާތީއެވެ.

    އެންމެ ސަޅި ކަމަކީ ޔާމީނު ވެރިކަމުގައި ދައުލަތުން ގެއްލުނު ފައިސާ މި ވެރިކަމުގައި ދައުލަތަށް ހޯދާ ނުދެވޭ ވާހަކަ ޔާމީނު ދެއްކުމެވެ. މީހެއްގެ ހަޔާތް ކުޑަކަން ހުރި ވަރަކީ މި ހުރީއެވެ. އަނެއް ކޮޅުން ތިމާ ކުރި ވައްކަން މަތިޖަހާ އޮޅުވާލުމަށް މި ސަރުކާރަށް ވައްކަމުގެ އިނގި ދިއްކުރަނީ ހޭނުބަހައްޓައެވެ.

    ނަގަނަގާފައި ދައްކަނީ ވެންޓިލޭޓަރ ތަކެއްގެ ވާހަކައާއި ބަދަލު ދޭ ވާހަކައެވެ. އެހަށް އެ ބުނާ ވެންޓިލޭޓަރ ވާހަކަ ދައްކާ ލަމާހެއްޔެވެ. އޭރަކީ ރައްޔިތުންގެ ދިރިތިބުމާ މަރުވެދިއުމާ މެދު ސުވާލު އުފެދި ގޮތް ހުސްވެ މުޅި ދުނިޔެ ވެންޓިލޭޓަރަށް ޖެހި ފައިވާ ވަގުތެކެވެ. މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ހޯދުނު ގޮތަކަށް ވެންޓިލޭޓަރ ހޯދަން ތެޅި ފޮޅެނީއެވެ. އެމެރިކާ ފަދަ މުއްސަދި ފޯރާ ގައުމުތައް ވެސް އޮތީ ވެންޓިލޭޓަރަށް ޖެހި ގޮތް ހުސްވެފައެވެ.

    ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބޭނުންވާ ވެންޓިލޭޓަރު ހޯދައިދޭން ބުނާ ބަޔަކު ހުށަހަޅާ ގޮތަކަށް އެއްބަސް ވެގެން ވެސް ވެންޓިލޭޓަރ ހޯދުން ނޫން ގޮތެއް އޭރަކު ނެތެވެ. ޑަބްލިޔޫ އެޗް އޯ ގެ ސަރަހައްދީ އޮފީހުގެ ލަފަޔާ އެއްގޮތަށް ބަޔަކާ ވެންޓިލޭޓަރު ގަތުން ހަވާލު ކުރީ ދެވަނަ އެހެން ގޮތެއް ނެތިގެންނެވެ. ހުރިހާ އިޖުރާތުތައް ފުރިހަމަ ކޮށްގެން ކަންކަން ކުރެވޭހާ މޫސުމެއް އޭރަކު ނެތެވެ. މުޅި ދުނިޔެ އޮތީ މަރުތަޅުގައެވެ. އޮފީސްތައް ބަންދެވެ. އެންމެން ތިބީ ނިކުމެ އުޅުމަށް މަނާ ވެގަނެގެންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. ކުރި ކޮންމެ ކަމެއް ކުރަންޖެހިފައި އޮތީ ކުއްލި ނުރައްކަލެއް ގޮތަށެވެ.

    ދަނޑިވަޅުގެ ފައިދާ ނަގައިގެން ބޭރު ބަޔަކު ވެންޓިލޭޓަރ ގަނެދިނުމުގެ ނަމުގައި ސަރުކާރުން ފައިސާ ތަކެއް ހޯދައިގެން، ބޭނުންވި އަދަދަށް ވެންޓިލޭޓަރު ފޯރުކޮށް ނުދިނުމަކީ ސަރުކާރުގެ ވެރިން ކުރި ވައްކަމެއް ނޫނެވެ. އެ ބަޔަކު ހޯދައިގެން އެފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އެބަ ދެއެވެ. އެކަމަކީ ވައްކަމެއް ކަމަށް ސިފަކޮށްގެން ވަގަށް ގޮވަނީ އެމްއެމްޕީއާރުސީގެ ވައްކަމަކީ އާދައިގެ ކަމެއް ކަމަށް ހަދަން ވެގެނެވެ.

    ޔާމީނު ސަރުކާރަށް ވުރެ ބޮޑަށް ކޮރަޕްޝަން ހިންގާ، ވައްކަންކުރި ސަރުކާރެއް މި ފަހުގެ ތާރީހެއްގައި ރާއްޖެ ދެކިފައި ނުވާކަމަށް މުޅި ދުނިޔެ ގަބޫލު ކުރެއެވެ. ބުއް ބޯން އޮން ކުޑަ ކުއްޖާއަށް ވެސް އެކަން އެނގެއެވެ. އެ ގަބޫލު ކުރުން ބަދަލު ކުރަން ކަރުން ނާރުނަގާ ޔާމީނު މި ސަރުކާރަށް ނިސްބަތްކޮށް އެހެން ގޮވިޔަސް އެ ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ދެބަންދިހާރުވެ ދިގު ނިންޖަކުން ނިދާފައި އޮތީ އެހެން ބައެއް ނޫނެވެ. ޔާމީނެވެ.

    ]]>
    Thu, 27 Oct 2022 13:10:18 +0500 ހީރަސް
    ސައީދު ދެކެ ގަންނަނީ އަމަށަކު ބިރެއް ނޫން https://heerasnews.com/623 https://heerasnews.com/623 ފޯރި އެބަހުއްޓެވެ. އެއްބަޔަކު ފައިސާ ނުދައްކާ ހުރި ތަންތަނާއި ދަރަނީގެ ތަފްސީލު ހޯދަނީއެވެ. އާރުލާ ކަމެއް ނުފެނިގެން ފީ އިލޮއްޓެއްގެ ވާހަކަ ހިފައިގެން ނަމަވެސް އެންޓިކޮރަޕްޝަނަށް ކުދިވެރިން ދުއްވަނީއެވެ. އަނެއް ބަޔަކު ވުޖޫދުގައި ނުވާ ވަޓްސަޕް ގުރޫޕުތަކުން މެންބަރުނަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދޮގު ފަތުރަނީއެވެ. ސިޔާސީ ފިތުނައިގެ އޮވަރުގެ ތެރެއަށް ފެނަކަ ކޯޕަރޭޝަން ވައްޓާލަން ބަޔަކު އެހާ ފޯރިއެއް ނަގަނީ ކީއްވެހެއްޔެވެ. ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ދެކެ ސިޔާސީވެރިން އެހާ ބިރެއް މި ނަގަނީ ކީއްވެ ހެއްޔެވެ.

    ފުވައްމުލައް ސިޓީގައި އަމިއްލަ މީހަކު ހިންގާ މަސްހޫރު ބާބާ ގާޑިޔަލަށް ފެނަކައިން ސޯލާ ޕެނަލެއް ދީގެންނޭ ކިޔައިގެން މީހަކު ލައްވާ އެންޓި ކޮރަޕްޝަން ކޮމިޝަނަށް އިހައް ދުވަހު މައްސަލައެއް ވައްދައިފިއެވެ. އެ މައްސަލައިގައި ކުށަށް ތުހުމަތު ކުރަނީ ރައީސުލްޖުމްހޫރިއްޔާއާއި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަށެވެ. މައްސަލައިގެ މޯޓިވްއަށް ވިސްނާލުމުން ކަމަކީ ސިޔާސީ ތުހުމަތެއްކަން ސާފެވެ.

    އަޖައިބެއް ނުވާނެ ހެއްޔެވެ. ސޯލާއިން ކަރަންޓް އުފައްދާ ކަރަންޓް ދިނުމުގެ ތަޖުރިބާ ތަކެއް ފެނަކައިން ކުރަމުން އެބަދެއެވެ. ބާބާ ގާޑިޔާ ކަހަލަ ގިނަ ބަޔަކަށް ހިދުމަތްދޭ ޒަމާނީ ކޮންސެޕްޓެއްގައި ކާބޯ ތަކެތީގެ ހިދުމަތްދޭ މޯބައިލް އުޅަދަކަށް ބޭނުންވާ ކަރަންޓް އުފައްދާ ފޯރުކޮށް ދިނުމުގެ ތަޖުރިބާއަކީ ފެނަކައިން ކުރާ އައު ތަޖުރިބާއެކެވެ. އެ ފަދަ އުޅަދަކަށް ފެނަކައިން ސޯލާ ޕެނަލެއް ދިނުމުގެ ދެ ބޭނުމެއް ވިސްނެއެވެ. އެއްވިސްނުމަކީ މޯބައިލްކޮށް ކާބޯތަކެތި ގެންގުޅެ ހިދުމަތް ދޭ އުޅަދު ފަހަރު އިތުރު ކުރުމެވެ. ޒަމާނީ ހިދުމަތް ތަކަށް ކާބޯތަކެތި ވިއްކާ އުޅަދުތައް އަހުލުވެރިކުރުވުމެވެ. އެ ޒާތުގެ ހިދުމަތްތައް ކުރިއެރުވުމަށްޓަކައި ނަމޫނާ އުޅަދެއް ރާއްޖެއަށް ތައާރަފް ކުރުމުގެ އިޖުތިމާއީ ޒިންމާ އަދާކުރުމެވެ. ދެވަނަ ވިސްނުމަކީ ސޯލާ އެނަރޖީއަށް ރައްޔިތުން ޝައުގު ވެރިކުރުވާ އެކަމުގެ ތަޖުރިބާ ކުރުމެވެ.

    ކަމަކީ އެކިއެކި ޝޯތަކާ މުބާރާތްތައް ސްޕޮންސަރ ކުރުންފަދަ މާކެޓިންގެ ފިޔަވަޅެކެވެ. އެހެނެއް ކަމަކު ތުހުމަތު ކުރާނެ އެހެން ކަމެއް ނެތިގެން ބާބާ ގާޑިޔަލަށް ސޯލާ ޕެނަލެއް ދިނުމަކީ ވެސް ބޮޑުފާފަ އަކަށް ހެދީއެވެ. ބޮޑު ވެގެންވާ ކޮރަޕްޝަނަކަށް ވާދަވެރިންނަށް އެކަން ވެއްޖެއެވެ.

    ފެނަކައިން ފައިސާ ދައްކަން ޖެހިފައިވާ ތަންތަނާއި ކަންކަމާއި އަދަދުތައް ވެސް ބަޔަކަށް ނޭނގިގެން ރޫޅި ވެރޭހާ ވެއްޖެއެވެ. އެކިއެކި ފަރާތް ތަކާއެކު ފެނަކައިން އޮންނަ ވިޔާފަރީގެ މަސްލަހަތުތައް ވެސް މަގުމަތީ އަވީލާފައި ހުންނަ ލޮނުމަސްހެން އަވީ ނުލައިގެން ހީވަނީ ރޭނިދި ނުނިދިގެން އުޅޭހެނެވެ. އުޅޭ ފާޑުން ހީވަނީ ފެނަކައިގެ ހުރިހާ ދަރަންޏެއް ދައްކަނީ އެ މީހުންގެ ޖީބުން ހެންނެވެ. ފެނަކައިން ދަރާފައި އޮތް ތަންތަނާއި އަދަދު ބަލާހެން، ފެނަކައަށް ލިބެން ޖެހި ނުލިބި ހުރި ހުރިހާ ފައިސާއެއް ހޯދާ ދޭން އުޅުނިއްޔާ މާ ތާހިރުވާނެއެވެ.  

    އަނެއްކާ ވުޖޫދު ނުވާ ވަޓްސަޕް ގްރޫޕަކުން މަޖިލިސް މެންބަރުންނަށް ފެނަކަ ސައީދު ނުފޫޒު ފޯރުވާތީ މެންބަރުން އެ ތިބެނީ އަބަދު ކުޑަދޫ ބޭރު ވެފައި ނޫން ހެއްޔެވެ. ހުރިހާ މެންބަރުން އެސްފިޔަ ޖަހަނީ ވެސް ސައީދު ޖަހާ އެސްފިޔައިގެ ފަހަތުންނެވެ. ބޮންޑޭ ވެސް ހުންނަވާނީ އެ ހާލުގައި ތާއެވެ. މަޖިލީހުގެ އަޑުގަދަކުރާ ވެސް ސައީދައިގެން ހުންނަނީ މާވަރެއް ވިއްޔާއެވެ.

    އަސްލުގައި ވެގެން އުޅެނީކީ އެހެނަކުން ނޫނެވެ. ސައީދުގެ ކައްޕިތާނު ކަމުގައި ފެނަކަ ޓީމު މާމޮޅަށް ކުޅެ ޖަހާ ގޯލު މާގިނައީއެވެ. ހުއްޓުމެއް ނެތި ރަށްރަށުގެ ނަރުދަމާ އަޅާ ސާފު ބޯފެން ވިއުގަތައް ގުޅާ ނިމޭތަން ބަލަން ވާދަވެރިންނަށް ހަޖަމު ނުވަނީއެވެ. ރަށްރަށުގައި އައިވީހެން ދިން ކަރަންޓް ބޭނުން ވަރަކަށް ރައްކާތެރިކަމާއެކު ރައްޔިތުންނަށް ދޭ ދިނުން ފެނި މޭކަރަނީއެވެ. މަސްދިލަ ޖައްސާ ބަދިގެ ތަކެއްހެން ހުރި އިންޖީނުގެތައް ލައްޕާ ޒަމާނީ އައު އިންޖީނުގެ ބިނާކޮށް ނިންމާ އެ ތަންތަނުން ކަރަންޓް ލިބިގެން ރަށްރަށު މީހުން އުފަލުން އުޅޭތަން ބަލަން ކެތް ނުވަނީއެވެ.

    ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކުރުމަށް ރައީސް ސާލިހުވެ ވަޑައިގަތް ވައުދު ފުރިހަމަވެ ނިމޭތީ ވާދަވެރިން ހަސަދަވެރި ވަނީ މާބޮޑަށެވެ. އަތޮޅު ތަކުގައި އޮތް ފެނަކައިގެ ބިޔަ ލަޝްކަރު ދެކެ ވާދަވެރިން ބިރު ގަންނަނީ އަމަށަކު ވަރަކަށް ނޫނެވެ. ރަށްރަށު ގިނަ ބަޔަކަށް ވަޒީފާ ލިބުމަކީވެސް ބަޔަކު ފިސާރި ރުޅި އަރާ ކަމެކެވެ. 

    ފެނަކަ ޓީމުގެ ހުނަރުވެރި ކެޕްޓަންގެ ވާގި ނައްތާލަން އިދިކޮޅުޓީމް ތަކުން އުއްޑަކައްކާ ތަށިދުއްވާ ހަދަނީ އެހެންވެއެވެ. ޓީމް އަތް ދަށުލާން ދަހިވެތި ވެފައި ބައިކޮޅު ބެންޗުގައި ތިބި މީހުން ވެސް އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ކެޕްޓަން ދަނޑުން ބާލަން ކުރެވުނު ކަމެއް ކުރާނެތާއެވެ. އެކި ރާގު ރާގަށް މަޖިލީހުގެ ތާޅަފިލި ދޮޅި ކެނޑެންދެން ހުއްޓަނުލާ ގޮވާލަ ގޮވަލާ އެ ހުންނަނީ ފެނަކަ ޓީމު ދެކެ ބިރުނަގާ ވާހަކައެވެ. 

    ]]>
    Thu, 27 Oct 2022 01:23:25 +0500 ހީރަސް
    ދޮގު އިލްޒާމުތަކަށް ފެނަކައިގެ ރައްދު https://heerasnews.com/622 https://heerasnews.com/622

    ފެނަކަ ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ދެކެ ބައެއް ސިޔާސީވެރިން ގަންނަނީ ހާދަބިރެކެވެ. ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މުހައްމަދުއަކީ ވަޓްސްއެޕް ގްރޫޕެއް ހައްދަވައިގެން މަޖިލިސް މެންބަރުންނާ ދިމާކުރައްވާ ވަރަށް ވުރެ ހަންބޯ ބޭފުޅެކެވެ. ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އިއްޒަތްތެރި މެންބަރު އިބްރާހީމް ރަޝީދު ވިދާޅުވި ކަމަށް ބުނެ ފަތުރަނީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ.

    ވުޖޫދުވެސް ނުވާ ވަޓްސަޕް ގްރޫޕަކާ ހަވާލާދީ ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރާއިރު ސައީދަކީ އެއްވެސް ޕްލެޓްފޯމެއްގައި މީސް މީހުނަށް ނުފޫޒު ފޯރުއްވައިގެން ކަމެއް ހާސިލު ކުރައްވާ ބޭފުޅެއް ނޫނެވެ. އަދި ކުރައްވާނެ ބޭފުޅެއް ވެސް ނޫނެވެ. ސައީދަކީ ވަޒީރެއް މަޖިލިސް މެންބަރެއް ކީއްކުރަން ހެއްޔެވެ. އަރިހުގައި ވަޒީފާ އަދާކުރާ މުއައްޒަފަކަށް ވެސް ނުފޫޒެއް ފޯރުއްވަވާ ބޭފުޅެއް ނޫނެވެ. އެ ކަމަށް ހެކިވަނީ ފެނަކަ ޓީމުގައި ހިމެނޭ އެތައް ސަތޭކަ މުއައްޒަފުންނެވެ.    

    ފެނަކައަކީ ވަޒީފާ ދިނުމުގައްޔާއި ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ސިޔާސީ ނުވަތަ ޒާތީ ނުފޫޒެއް ބާއްވައިގެން ހިންގާ ކުންފުންޏެއް ނޫނެވެ. ކުންފުނީގެ އެންމެހައި ކަންކަން ރޭވި ބައްޓަންކުރެވިފައިވަނީ، ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތަށް ހަމަހަމަ ކަމާއެކު ފޯރުކޮށް ދިނުމުގެ މައްޗަށެވެ. ރައީސް ސާލިހު ސަރުކާރުން އެކަށަ އަޅާފައިވާ ދެފުށް ފެންނަ ތަފާތު ނުކުރުމުގެ ސިޔާސަތުގެ މަތީގައި ހާމަކަން ބޮޑުކޮށް ނޫނީ ފެނަކައިން އެއްވެސް ކަމެއް ނުކުރެއެވެ. އަދި ނުވެސް ކުރާނެއެވެ.

    ހަޤީޤަތެއް ނެތް ދޮގު ވާހަކަ ފަތުރައިގެން އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރގެ އަބުރު ނަގާލަން ކުރާ މަސައްކަތަކީ ބޭކާރު މަސައްކަތެކެވެ. ކުންފުންޏާއި ދޭތެރޭ އޮންނަ އިތުބާރާއި ކުންފުންޏާއި ދޭތެރޭ ރައްޔިތުން ދެކޭ ތަސައްވަރު ކިލަނބު ކޮށްލުމަށް ކުރެވޭ ކޮންމެ ކަމަކުން އެކަން ކުރާބައެއްގެ އަގުވެއްޓި އިތުބާރު ގެއްލުންނޫން ކަމެއް ނުވެއެވެ.

    ފެނަކަ ޓީމުގެ މެނޭޖިންގ ޑިރެކްޓަރަކީ ކުންފުންޏަށް ރައްޔިތުންގެ އިތުބާރާއި ލޯބި ހޯދައި ދެއްވުމުގައި ދެމެހެއްޓެނިވި ގޮތެއްގައި އިޚްލާސްތެރި މަސައްކަތް ކޮށްދެއްވަމުންދާ ބޭފުޅެކެވެ. ހަގީގަތެއް އަސާސެއް ނެތް ވާހަކަތައް ފަތުރަމުން ގެންދިޔުމަކީ އެ ކުންފުންޏާއި މުވައްޒަފުން ކަންބޮޑުވެ ހިތާމަކުރާ ކަމެކެވެ. އެހެން ފަތުރާ ވާހަކައަކާއި ގުޅިގެން ފެނަކަޓީމު ރޫޅާ ލައި ފެނައިން ދޭ އަސާސީ ހިދުމަތަކަށް ބުރޫ އަރުވައެއް ނުލެވޭނެއެވެ. މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދުގެ މައްޗަށް އޮންނަ އިތުބާރާ ލޯބި މުއައްޒަފުންނާއި އާއްމު ރައްޔިތުންގެ ހިތުގައި އިހުނަށް ވުރެ ވެސް ވަނީ ބޮޑެވެ.

    ހަގީގަތެއް ނެތް ދޮގު އިލްޒާމުތައް ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގެނެސްދޭ އެންމެހާއި ފަރާތްތަކުން ކުރާ ޒިންމާދާރުކަން ކުޑަ އަމަލުތައް ކުށްވެރިކޮށް ކަމުގެ ހަގީގަތް ސާފުކޮށް ދިނުމަށް ފެނަކަ ޓީމުން މިއަދު ބަޔާނެއް ނެރުނީ ހަގީގަތެއް ނެތް ވާހަކަ ނުފެތުރުމަށް ޢިލްތިމާސް ކުރަމުގެ ގޮތުންނެވެ.

    ]]>
    Wed, 26 Oct 2022 18:01:17 +0500 ހީރަސް
    ފެނަކައިގެ ދަރަނި ދެއްކުމާ ޔާމީނު ހަވާލުވަނީ؟ https://heerasnews.com/621 https://heerasnews.com/621 ފެނަކައިގެ ދަރަނިތައް ހަލާސް ކޮށްދޭން ބޭނުން ވެގެން ބަޔަކު ހާދަވަރަކަށް އެބައުޅެއެވެ. އެ ބަޔަކަށް ފެނަކައިގެ ދަރަނިތައް އަދާކޮށް ދެވޭނީ ފައިސާ ދޭންޖެހޭ ބަޔަކާ އަދަދުތައް އެނގިގެންތާއެވެ. އެކަމަށް އެދިއެދި ފެނަކައިން އަޅާވެސް ނުލީތާއެވެ. މައުލޫމާތު ހޯދާ ލިބުގަތުމުގެ ގާނޫނުގެ ދަށުން ވިޔަސް އެ މައުލޫމާތު ހޯދާ ފެނަކައިގެ ދަރަނިތައް ހަލާސް ކޮށްދޭން އެ ބަޔަކު ހާދަ ހިތްވަރެއް އެބަކުރެއެވެ.

    އެނގޭ ހެއްޔެވެ. ފެނަކައަކީ ރާއްޖޭގެ އެންމެ ގިނަ ރަށްރަށުގައި އަސާސީ ހިދުމަތް ގާއިމުކޮށް ހިދުމަތްދޭ ކުންފުންޏެވެ. ހިދުމަތް ދިނުމުގެ ގޮތުން އެ ކުންފުންޏަށް ލޯނުވެސް ނަގާނެއެވެ. އަގު ދޭގޮތަށް އެކި އެކި ފަރާތްތައް ލައްވާ މަސައްކަތް ވެސް ކުރުވާނެއެވެ. މަސައްކަތް ކުރުވާ ފަރާތަކާ އެއްބަސް ވެވޭ ގޮތަކަށް މަސައްކަތުގެ އަގު ދައްކަމުން ވެސް ދާނެއެވެ.

    އެކި ފަރާތްތަކުން ފެނަކައަށް ހޯދާ ހުރިހާ ހިދުމަތަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ވެސް ހުންނާނެއެވެ. އެ ގޮތަށް ފެނަކައަށް އެކި ފަރާތްތަކުން ލިބެންޖެހޭ އެތައް ފައިސާއެއް ވެސް ނުލިބި ހުންނާނެއެވެ. މި ޒަމާނުގެ ވިޔާފާރީގައި ގުޅިގެން މަސައްކަތް ކުރާ އެއްފަރާތުން އަނެއް ފަރާތައް ފައިސާ ދައްކަން އޮތުމަކީ ވިޔާފާރީގެ އާއްމު އުސޫލެވެ. ދެ ފަރާތުގެ އިތުބާރު އެ ކަމުން ވަރަށް ބޮޑަށް އިތުރު ވާކަން ދިރާސާތަކުން ދައްކައެވެ. ކިރިޔާވެސް ހެލިފެލިވެ މަސައްކަތްކޮށް އުޅޭ ބައެއްގެ ދަރަނި ހުންނާނެއެވެ. ބޮޑެތި ގިނަ ކަންކަން ކުރާ ބައެއްގެ އަދަދުތައް ބޮޑެތިވާނެއެވެ.  

    ކުރާ މަސައްކަތަށް އަގު ނުލިބޭނަމަ އެއްވެސް ބަޔަކު އެ ބަޔަކާއެކު ތަކުރާރުކޮށް މަސައްކަތެއް ނުކުރާނެއެވެ. ތަކުރާރުކޮށް އެކުގައި މަސައްކަތް ކުރަނީ އިތުބާރު އޮތީމައެވެ. ފެނަކައާއި އެކު މަސައްކަތް ކުރާ ކުންފުނިތަކުން ފެނަކައަށް އިތުބާރު ކުރެއެވެ. ތަކުރާރުކޮށް ފެނަކައިން މަސައްކަތް ހޯދައިގެން މަސައްކަތް ކުރާނީ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ. ފައިސާ ލިބޭތީއެވެ. އިތުބާރު ކުރާތީއެވެ.

    އެއްވެސް ފަރާތަކަށް ފެނަކައިން ދައްކަން ޖެހޭ ފައިސާއެއް ނުދައްކައިގެން ކަންބޮޑުވާ ދަރަޖައަށް ހިގައްޖެނަމަ އެ ފައިސާ ހޯދުމަށް އެ ފަރާތަކުން މަސައްކަތް ކުރާނެއެވެ. އެއީ އެ ފަރާތަކަށް ލިބިގެންވާ ހައްގެކެވެ. އެހެން ގޮތެއް ނެތިއްޔާ ޝަރީއަތަށް ގޮސްގެން ވެސް ފައިސާ ހޯދަން އުޅޭނީ ފައިސާ ލިބެން ޖެހޭ ފަރާތުންނެވެ. އެއީ ފެނަކައާއި އެ ފަރާތަކާ ދެމެދު އޮތް ޒާތީ ސިއްރެކެވެ.

    ފެނަކައަކީ ޕަބްލިކް ކުންފުންޏެއް ކަމަކު ފެނަކައާއި އެކު މުއާމަލާތު ކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ކަމާ ގުޅުމެއް ނެތް އެއްވެސް ފަރާތަކަށް ފެނަކަ އަކުން ނުދެވޭނެއެވެ. ނުވެސް ދޭނެއެވެ. ދޭކަށް ނުވެސް ޖެހެއެވެ. ފެނަކައިން އެއްވެސް ފަރާތަކަށް ދަރާފައި އޮތްނަމަ އެކަން ހައްލު ކުރާނީ ފެނަކައާއި އެ ފަރާތަކުންނެވެ. ތިންވަނަ ފަރާތަކަށް އެ ކަމަކާ ގުޅޭ އެއްވެސް މައުލޫމާތެއް ދިނަސް ދެނީ މުއާމަލާތުގައި ޝާމިލުވާ ފަރާތްތަކުންނެވެ.

    ފެނަކައިން ފައިސާ ލިބެންޖެހޭ ފަރާތް ތަކުން ނުވާ ކަން ބޮޑުވުމެއް އެހެން ބަޔަކަށް ބޮޑު ވެގެން އުޅެނީ ކީއްވެކަން ވަރަށް ސާފެވެ. ރައީސް ސާލިހުގެ އަސާސީ ހިދުމަތް ގައިމުކުރުމުގެ ވައުދުތައް ފަތުއަޑުކިޔާފައި ފެނަކައިން ފުއްދާ ދެމުން ގެންދަތީ ބަޔަކަށް ހަޖަމު ނުވަނީއެވެ. ނޫނީ ފެނަކައިގެ ދަރަނި އަދާ ކުރަން ޔާމީނު ހަވާލުވީ ހެއްޔެވެ. ދިޔަރެސް މެދުވެރިކޮށް އެ މައުލޫމާތު ހޯދާނީ އެހެންވެތާއެވެ. އެމައުލޫމާތު ހޯދައިގެން ފިތުނަ އުފެއްދުން ނޫން އެހެން ބޭނުމެއް ގައިމު ނުކުރެވޭނެއެވެ.

    ހަމަ ގައިމު ވެސް އެ އުޅެނީ ފެނަކައިގެ ދަރަނި ބޮޑުވެގެން ދަރަނި އަދާކޮށް ދޭކަށް ނޫނެވެ. ރައްޔިތުންގެ ތެރޭގައި ފެނަކައަށް އޮތް އިތުބާރު ނަގާލާ ރަށްރަށުގައި ކުރެވެމުންދާ މަސައްކަތްތައް ހުއްޓުވާށެވެ. ސިޔާސީ ފަސާދައަށް ކުރާނެ ކަމެއް ހޯދާށެވެ. ވަކިވަކި ފަރާތްތަކެއްގެ ޒާތީ މައުލޫމާތު ކަމަށްވާ ދަރަންޏާ އަރަންޏަކީ ބައެއްގެ ސިޔާސީ ބަޑިބޭހެއް ނޫނެވެ.

    ]]>
    Wed, 26 Oct 2022 14:21:16 +0500 ހީރަސް
    ފޯޅަވަހި ކަނޑު ގެއްލުމުގައި ނަޝީދާ ޔާމީނުގެ އިހުމާލު https://heerasnews.com/620 https://heerasnews.com/620 ވެރިކަމުގައި ތިބިއިރު ތިމާމެންގެ އިހުމާލުން ނުކޮށް ދުކޮށްލި ކަމެއް ފަހުން ވެރިކަމަށް އައިސް ތިބި ބަޔަކު ނުކޮށްގެން ކުރީ ވެރިކަން ކުރި މީހުން ނިކުމެ އެވާހަކަ ދެއްކުން ތާހިރެއް ނޫނެވެ. އެ ޒާތަށް އުޅުމަށް ދިވެހިން ކިޔާ އުޅެނީ މަހާނަ މައްޗަށް މަޑިއަށް ޖެހުމެވެ. ރައީސް ނަޝީދު ވެސް ޕީޕީއެމް ވެސް ޗާގޯސް މައްސަލައިގައި ތިޔަ ޖެހެވެނީ މަހާނަ މައްޗަށް މަޑިއަށެވެ. ކުރީ ސަރުކާރުގެ ވާހަކަ ދެކެވެނީ އެ މީހުން ނިކުމެ މަހާނަ މައްޗަށް މަޑިއަށް ޖެހޭތީއެވެ.

    ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ރައީސް ނަޝީދުމެން މިހާރު ވިދާޅު ވުމަކީ ދުލުގައި ހިފާދެމުމަށް ނުވެ ނުދާނެއެވެ. ދުލުގައި ހިފާ ދެމީމާ ނުބުނާން ހުންނަ އެއްޗެހި ވެސް ބުނެވޭނެއެވެ. ޗާގޯސް އަކީ ރާއްޖޭގެ ބައެއް ކަމަށް ރައީސް ނަޝީދު ގަބޫލު ކުރައްވާ ނަމަ އިގުތިސާދީ ސަރަހައްދު ބައިކުރަން 2010 ގައި އެއްބަސްވެ ވަަަަަަަަަަަޑައެއް ނުގަތީހެވެ. އޭގެ ބަދަލުގައި އުޅުއްވީހީ ޗާގޯސް އެކުގައި ރާއްޖޭގެ ސިޔާދަތުގެ ދަށަށް ގެންނަވާށެވެ. މޮރިޝަސް ގެ ސިޔާދަތުގެ ދަށަށް އެތަން ދާކަށް ދޫކޮށް ނުލެއްވީހެވެ. އެހެން ނަމަވެސް އުޅުއްވީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތު އޮތް ތަނެއް ކަމުގައި ބައްލަވައިގެން ރާއްޖެއާއި ޗާގޯސް އާއި ދެމެދުގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު މޮރިޝަސްއާއި އެކު ބައިކުރައްވާށެވެ. މިހާރުވެސް ހިނގަ ހިނގާ އެ އޮތީ އެމައްސަލައެވެ.

    ހިޔާލު ތަފާތު ވެގެން އެކަމުގައި އުޅެނީ މޮރިޝަސްއިން މިންއަޅަން ފަށާނެ ނުކުތާއާއި މެދުގައެވެ. މޮރިޝަސް އިން މިންއަޅަން ފަށަން ބޭނުން ވަނީ ޗާގޯސްއާއި އައްޑުއާ ދޭތެރޭގައި އޮންނަ ތިލައަކުން ފެށިގެންނެވެ. މޮރިޝަސްއިން މިންއަޅަށް ފެށުމަށް ރާއްޖެއިން ބޭނުންވަނީ އައްޑޫއާއި އެންމެ ކައިރިއަށް ޗާގޯސްގައި އޮންނަ ހިކިފަސް ތަނުން ފެށިގެންނެވެ. އިގްތިސާދީ ސަރަހައްދު މިންކުރުން ނޫން ކަމެއްގައި ތަފާތު ސްޓޭންޑެއް ރާއްޖޭން ގެންގުޅެފައެއް ރައީސް ވެރިކަމުގައި ވެސް ނެތެވެ. އަމްދުން ޗާގޯސްގެ ސިޔާދަތީ ބާރު ކޮންމެ ބަޔަކަށް އޮތަސް ރާއްޖެއަށް ފަރުވާލެއް ނެތެވެ. އަނެއްކޮޅުން ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ރާއްޖޭން ގަބޫލު ކުރާނަމަ މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ބައިކުރަން އުޅޭނީ ޗާގޯސްއާއި މޮރިޝަސް އާއި ދޭތެރޭން ނޫން ހެއްޔެވެ. ރާއްޖެއާއި ޗާގޯސްއާ ދެތެރެއަކުން ނޫނެވެ. ކަންކަން އެ ގޮތަށް ކުރައްވާފައި މިހާރަކު ފޯޅަވައްސޭ ޗާގޯހޭ މަސްކަނޑޭ ރައީސް ނަޝީދެއް ކަމަކު ނުކިއުއްވާށެވެ.

    ޕީޕީއެމުން ވެސް މިރާއްޖޭގައި 5 އަހަރު ވެރިކަން ކޮށްފިއެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސްއިން އެންމެ ބޮޑަށް މަސައްކަތްކުރީ އެ ދުވަސްވަރެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ގައި މޮރިޝަސް އިން އިގިރޭސީންނާ ދެކޮޅަށް ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ދައުވާ ކޮށްގެން އެކޯޓުގެ އިސްތިޝާރީ ލަފައެއް މޮރިޝަސްއާއި އެއްކޮޅަށް ނެރޭވަރު ކޮށްލީ ރާއްޖޭގެ ވެރިކަމުގައި ޕީޕީއެމް އޮއްވައެވެ. ރާއްޖޭގެ ބައެއް ކަމަށް ފޯޅަވައްސާ މުޅި ޗާގޯސް ވާނަމަ އެތަނުގެ ސިޔާދަތީ ބާރު ރާއްޖެއަށް ހޯދަން ނޫޅުނީ ކީއްވެ ހެއްޔެވެ. ޗާގޯސްގެ ސިޔާދަތީ ހައްގު ހޯދަން ރާއްޖެއިން ދައުވާ ނުކުރިތާ މޮރިޝަސް މައްސަލައިގެ ތެރެއަށް ތަދައްހުލު ނުވީ ކީއްވެހެއްޔެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޭރު ހޯދިނަމަ އިގްތިސާދީ ސަރަހައްދު ބައިކުރުމުގެ މައްސަލައެއް ވެސް ނުއޮތީހެވެ. ފޯޅަވަހި ކަނޑު ހިތަކަށް ދިވެހި މަސްވެރިންނަށް އޮތީހެވެ.

    ފުރުސަތު ލިބި އިހުމާލުން ނުކޮށް ދޫކޮށްލާފައި އޮތް ކަމެއް އިޔާދަ ނުކުރެވޭ ވަރަށް ކަމުގެ މުއާލާތް ކެނޑިގެން ދާފަހުން އިހުމާލުވީ މީހުން ނިކުމެ ގައުމިއްޔާތޭ ސިޔާދަތޭ އިގުތިސާދޭ ކިޔައިގެން ވާހަކަ ދައްކަންޏާ އެޅޭނީ ބޮލާފޮށައެވެ. ކިޔާ މީހުން ކުރީގެ ސަރުކާރޭ ކިޔަނީ ކިޔަން ޖެހޭތީއެވެ. ބާރުގައި ތިބިއިރު ލިބެން އޮތް ހުރިހާ ހައްގަކާ ބާރުތަކެއް ދޫކޮށްލާފައި ތިބި ބަޔަކު ނިކުމެ އެކަންކަމުގެ ވާހަކަ މިހާރު ދެއްކުމަކީ އަމިއްލަ ދުފާ އެއްޗިއްސަށް ފައިން އެރުން ކަހަލަ ކަމެކެވެ.

    ]]>
    Wed, 26 Oct 2022 01:04:34 +0500 ހީރަސް
    އެމްއެމްޕީއާރުސީ ޗާގޯސް ވިއްކާލީތަ! https://heerasnews.com/619 https://heerasnews.com/619 މިލްކުވެރިކަމަށް ދައުވާ ކުރުމުގެ އައުލާކަން އެންމެ ބޮޑީ ދިވެހިންނަށް ނަމަވެސް ޗާގޯހަކީ ހިނބަޅިދޫއާއި އެކީ އެމްއެމްޕީއާާރުސީން ދޫކޮށްފައި އޮތް ރަށްތަކެއް ނޫނެވެ. 

    ކިތަންމެ ބޮޑު ހައްގެއް އޮތަސް، އެއީ ދިވެހިރާާއްޖޭގެ ސިޔާދަތީ ބާާރުގެ ދަށުގައި އެއް އިރެއްގައި ވެސް އޮތް ތަނެއް ނޫނެވެ. އަމުދަކުން ޗާގޯހެކޭ  ކިޔާ އަޑެއްވެސް ގިނަ ދިވެހިން އަޑު މި އަަހަނީ މިހަފްތާ ގައެވެ. އެކަހަލަ ގޮތަކަށް ނައިފަރު މީހުން ގޯހެކޭ ކިޔާ އަޑު އަހަމެވެ. 9 ވަނަ  ހަޞަން ރަސްގެފާނު އިސްލާމް ދީން ދޫކުރައްވާ ނަޞޯރާ ދީން ގަބޫލު ކުރައްވާ ދޮންމީހުންގެ ރުހުމުގައި ރަސްކަން ހޯއްދެވުމަށް ޑޮމް މެނުއެލްގެ ނަމުން ނަން ހޯއްދަވާ ކުރެއްވި ދައުވާގައި ދެކުނުގެ 3 އަތޮޅާ އެކު ފޯޅަވަހީގެ ވެސް ރަސްކަލަކީ އެއީ ކަމުގައި ވިދާޅުވިއެވެ.  

    ޗާގޯހަށްވުރެ ދިވެހިންނަށް މާފަރިތަ ނަންތައް އެބަހުއްޓެވެ. ފޮއްނެއްކާއަކާ، އަންޒަމާނު ކަރައަށް އެރި ވަޔަކާއި، މިނިކާރާއްޖެއާއި ފޯޅަވައްސާ އަދި  ތިޔަބުނާ ޗާގޯހަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް "ހިލާލި"ރަށްތައް ފަދަ ދިވެހި ރަސްކަމުގެ އަމުރު މައުރޫފް ހިނގި ތަނެއްކަން އެނގޭކަށް ނެތެވެ.  

    މާކުރީ ޒަމާނެއްގައި ފަރަންސޭސިންގެ އަތްދަށުން އިނގިރޭސިން އަތްގަދަކުރި ރަށްތަކެކެވެ. އެތާގައި އުޅުނީ އެމީހުންނަށް އަޅު މަސައްކަތް ކުރި ބައެެކެވެ. ދިވެއްސަކާ ވައްތަރު މީހެއްވެސް އެތާކު އުޅުނީ އެއް ނޫނެވެ.

    ދިވެހިންނާ ވައްތަރު މީހުން އުޅުނަސް ވައްތަރުހާ ބަޔަކު އުޅޭހާ ގައުމެެއް އެއީ ދިވެހިރާއްޖޭގެ ބަޔަކަށް ވާނަމަ މިޞްރަކީ ވެސް ރާއްޖޭގެ އެއްބައެވެ. ސަބަބަކީ މިސްރުގައި ބޮޑު ތެލީގައި ބަކަރި ރިހަ ކައްކަން  ހޮޓާ ތަކުގައި ތިބޭ ގިނަ ކައްކާއިން ފައިނު އާދަން ޝަރީފާ ވެސް ނުލާހިކު ވައްތަރިއްޔާއެވެ. އެއްޔަކީ މިސްރަކީ ދިވެހިރާއްޖޭގެ ބައެއް ކަމުގައި ވުމެއް ނޫނެވެ. 

    އިމުގެ ގޮތުން ގައުމުތައް ވަކިވެފައިހުރީ ދަމާލާކަށިނަރުގެ ފާރަކުންނެވެ. އެއް ފަރާތުގައި މިގައުމެވެ. އަނެއް ފަރާތުގައި އަނެއް ގައުމެވެ. ޖެހިފިތި ބާރުވެގެން އޮތުމަކީ އެއްގައުމަކީ އަނެއް ގައުމުގެ ބަޔަަކަށް ވުމެއްވެސް ނޫނެވެ. 

    ފަރަންސޭސިންގެ އަތްދަށުން އިނގިރޭސިންގެ އަތްދަށަށް އައި ޗާގޯސްގައި ތިބި އަޅު މަސައްކަތްތެރީން މޮރިޝަސްއަށް ގެންގޮސް އަޅާލީ މޮރިޝަސް ނޫން ގައުމެއް ދުނިޔޭގައި ނެތިގެންނެއް ނޫނެވެ. އޭރު މޮރިޝަސްއަކީ އިނގިރޭސިންގެ އަތްދަށުގައި އޮތް ޖަޒީރާ ގައުމަކަށް ވާތީއެވެ. ޖަޒީރާ ތަކެއްގައި ދިރިއުޅުނު ބަޔަކު ގެންގޮސް ވަޒަންވެރި ކުރުވަން ރަނގަޅުވާނީ ވެސް ޖަޒީރާ ގައުމެއްގައި ކަމަށް އިނގިރޭސިން ދުށުން ގާތެވެ.  

    ތިމާމެންގެ އަމިއްލަ ބާރެއްނެތި އޮތްއިރު ތިމާމެންގެ ރުހުމަކާ ނުލައި ބަޔަކު ގެނެސް މޮރިޝަސްގައި ވަޒަންވެރި ކުރުވުމަށް ފަހު މާފަހުން ޗާގޯހަކީ މޮރިޝަސްގެ ތަނަކަށް ވާކަށް ވެސްނުޖެހެއެވެ.  

    ތެދެކެވެ. މޮރިޝަސްއިން އިނގިރޭސިންނާ ދެކޮޅަށް އެ ދައުވާކޮށް ދުނިޔޭގެ ގިނަ ގައުމު ތަކުން މޮރިޝަސްއަށް ތާއީދު ކޮށްފިއެވެ. އެހެން ނަމަވެސް ދިވެހިންނަށް އެންމެ ރަނގަޅު ގޮތަކީ ޗާގޯސްގެ މިލްކުވެރިކަމާ މެދު ދުނިޔެ އުމުރަށް ދައުވާ ކޮށްކޮށް އެގޮތުގައި ތިބެން ޖެހުނަސް އެގޮތެވެ.

    ގަދަމީހާ ގަދަކޮށް އޮތުމަކީ ދުނިޔޭގެ އާދައެވެ. މުޅިދުނިޔެ އެއްވެގެން ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނަސް ދިވެހިން އެކަން ގަބޫލު ކުރާން ނުޖެހޭ ކަމަށް ވެގެން ޗާގޯސް ހޯދާ ވާހަކަ ބާރަށް ދައްކަންވާނެއެވެ. އެހެން ނަމަވެސް ޗާގޯހަކީ ހިނބަޅިދޫ ފަދައިން އެމްއެމްޕީއާރުސީ ލިސްޓަށް ލައިގެން ވިއްކާލެވޭ ގޮތަށް އެއްއިރެއްގައި ވެސް އޮތް ދިވެހިރާއްޖޭގެ ރަށްތަކެއް ނޫނެވެ.

    ]]>
    Tue, 25 Oct 2022 17:49:18 +0500 ހީރަސް
    ޗާގޯސް މައްސަލަ: ރާއްޖެއަށް ގެއްލޭނެ އެއްޗެއް ނެތް https://heerasnews.com/618 https://heerasnews.com/618 ރާއްޖެއިން މޮރިޝަސްއާއި ދެކޮޅަށް ޓްރައިބިއުނަލްގައި ވަކާލާތު ކުރަމުންގެންދާ އިމުގެ މައްސަލާގައި ޖަވާބުދާރީ ވަމުން އައިސްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެ ކަން މޮރިޝަސް ސަރުކާރަށް ވަނީ އަންގާފައެވެ. ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅަށް ރާއްޖޭގައި ގެ ހުރިހާ ސަރުކާރަކުން ވެސް އަޑު އުފުލާފައިވެއެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭ ކަމަކީ ދެގޮތެއް ނުވާ ކޮންސިސްޓަންޓް ސިޔާސަތެވެ. ރާއްޖެ އދ ގެ މެންބަރަކަށް ވީއްސުރެ ދުނިޔޭގެ ބައްރުތަކުގައި އިސްތިއުމާރީ އަޅުވެތިކަމުން މިނިވަންވީ ހުރިހާ ގައުމެއް މިނިވަން ވުމުގެ މައްސަލަތަކުގައި ރާއްޖޭން ތާއީދުކޮށްފައި ވަނީ މިނިވަން ކަމުގެ ކޮޅަށެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ކަމުގެ ހަގީގަތް ސާފުކޮށް ދީފިއެވެ.

    ރާއްޖޭގެ ދެކުނަށް އޮތް ޗާގޯސްއަކީ ރަށްވެހިން ބާލައި އިނގިރޭސި އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި އޮތް ތަނެކެވެ. އެ ތަނަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމުގައި ބުނެ މަޝްވަރާ ކުރެވެމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. އދ.ގެ އާންމު މަޖިލީހުން 2017 ވަނަ އަހަރު އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ޗާގޯސްއާއި ބެހޭ ގޮތުން އިސްތިޝާރީ ލަފައަކަށް އެދުނެވެ. އެކަމާ ގުޅިގެން " އައިސީޖޭ އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965" ގެނަމުގައި އައިޖޭސީން ނެރުނު އިސްތިޝާރީ ލަފައަކީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށެވެ. ނަތީޖާ އަކަށްވީ ގިނަ ގައުމު ތަކެއް ގުޅިގެން އދ. އާއްމު މަޖިލީހަށް ގަރާރެއް ހުށަހެޅުމެވެ. ގަރާރުގައި ހަ މަސް ދުވަހުގެ ތެރޭގައި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލާފައިވެއެވެ. 22 މެއި 2019 ގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރާ އެއްކޮޅަށް 116 ގައުމުން ވޯޓު ދިން އިރު ރާއްޖެ ހިމެނުނީ ގަރާރަށް ވޯޓު ނުދިން ހަ ގައުމުގެ ތެރޭގައެވެ.  

    މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށަށް ޗާގޯސް ގެންނަން އުޅުނުހެން އެ ތަނަކީ ރާއްޖޭގެ ބަޔަކަށް ހަދާކަށް ނޫޅެއެވެ. ކުޑަމިނުން މައްސަލައިގެ ތެރެއަށް ތަދައްހުލު ވެސް ވެނުލައެވެ. އެކަމުން އެނގެނީ ޗާގޮސްގެ ރަށްތަކާ ދޭތެރޭގައި އެއްވެސް އިރަކު ރާއްޖޭގެ ޝައުގުވެރިކަން ނެތްކަމެވެ. ރާއްޖޭން އުޅުނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރު ކުރުމަށެވެ. ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްޕް (ސީއެލްސީއެސް) އަށް 26 ޖުލައި 2010 ގައި އެ މައްސަލަ ރާއްޖެއިން ހުށަހެޅިއެވެ. އެ ހުށަހެޅުމަށް މޮރިޝަސްއިން އިއުތިރާޟުކޮށް، 24 މާޗް 2011 ގައި "ފޯމަލް ޕްރޮޓެސްޓް" ހުށަހެޅިއެވެ. އެ މައްސަލަ ވަކި މައްސަލައެއް ގޮތުގައި ހިނގަމުން އެބަދެއެވެ.

    މިހާރު ވެގެން މި އުޅޭ ގޮތަކީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު އޮތް ގުޅުމާއި ރާއްޖެ ގެންގުޅެމުން އަންނަ އިސްތިއުމާރީ އަޅުވެތިކަމާ ދެކޮޅު ސިޔާސަތަށް ބިނާކޮށް އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965ގެ ނަމުގައި އދ.ގެ އާންމު މަޖިލީހަށް ހުށަހެޅޭ ގަރާރުގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ދިވެހި ސަރުކާރުން ނިންމުމް ބަޔަކު ސިޔަާސީ އެޑްވާންޓެޖެއް ނަގަނީއެވެ. އެކަމަކު އދ.ގެ އާންމު މަޖިލީހުގައި މޮރިޝަސްއާއި އެއްކޮޅަށް ރާއްޖޭން ވޯޓުދިނުމަކުން ރާއްޖޭގެ ސަރަހައްދީ އިން ކަނޑަ އެޅުމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ގައި މިހާރު ކުރިއަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެއެވެ.  ޗާގޯސް ގެ ސިޔާދަތީ ބާރުގެ މައްސަލައަކީ މޮރިޝަސްއާއި އިނގިރޭސިވިލާތުގެ ދެމެދުގައި އޮތް މައްސަލައެކެވެ. އެކަމުގައި ރާއްޖެއަށް ގެއްލޭ އެއްޗެއް ނެތެވެ.

    ]]>
    Tue, 25 Oct 2022 16:02:48 +0500 ހީރަސް
    ޗާގޯސް މައްސަލައިން ވެސް ޕީޕީއެމްގެ މުނާފިގުކަން https://heerasnews.com/617 https://heerasnews.com/617 23 މެއި 2019 : މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީތީ ސަރުކާރުން މާފަށް އެދެންޖެހޭނެ: ޕީޕީއެމް

    24 އޮކްޓޯބަރ 2022 : ޗާގޯސްއާ މެދު ވިސްނުން ބަދަލުކުރީ ގާނޫނުއަސާސީއާ ހިލާފަށް.

    ރައީސް އަޒުލުކުރަން ހުށަހަޅާނަން: އިދިކޮޅު

    ގައުމުގެ ސިޔާދަތާއި މިނިވަން ކަމުގެ ވާހަކަ ޕީޕީއެމުން ދައްކަނީ އެ ވަގުތަކަށް ނެގެން އޮތް ސިޔާސީ ފައިދާއެއް ނަގަންކަން ސާބިތުވެއްޖެއެވެ. އެބުނާ އިހުލާސް ތެރިކަމެއް އޮތްނަމަ ގައުމީ މަސްލަހަތު އޮތްކަމެއްގައި ދެފަހަރު ދެގޮތަށް ޕީޕީއެމަކުން ވާހަކައެއް ނުދެއްކީހެވެ.

    ދެފަހަރު ދެގޮތަށް

    ޗާގޯސް މައްސަލާގައި 2019 ވަނަ އަހަރު ސަރުކާރާ ދެކޮޅަށް އަޑު އުފުލާ ބަޔާން ނެރެހެދީ މޮރިޝަސްއާއި ދެކޮޅަށް ދިވެހި ސަރުކާރުން ވޯޓު ދީގެނެވެ. އެ ދުވަހު ޕީޕީއެމުން ގޮވާލީ މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިނީތީ ސަރުކާރުން މާފަށް އެދެން ޖެހޭނެ ކަމަށެވެ.

    2019ގައި ޗާގޯސް މައްސަލައިގައި މޮރިޝަސް އާދެކޮޅަށް އދ ގެ ޖެނެރަލް އެސެމްބުލީގައި ރާއްޖެ ވޯޓު ދިނުމުން އެކަން ކުށްވެރިކޮށް ޕިޕީއެމުން ބަޔާނެއް ނެރުނެވެ. އެ ބަޔާނުގައި ޕީޕީއެމުން ބުނެފައި އޮތް އެއްޗަކާ މިއަދު އެ ދައްކާ ވާހަކައާއި އުޑާ ބިމާހާ ތަފާތެވެ.

    މޮރިޝަސްއާއި ދެކޮޅަށް 2019 ގައި ރާއްޖެއިން ވޯޓުދިނުމުން އެކަންކުށްވެރި ކޮށް ޕީޕީއެމުން ނެރުނު ބަޔާނުގެ ހުލާސާ:

    • ރާއްޖޭގެ އެ ނިންމުމަކީ ދުނިޔޭގެ މައިކޯޓް (އައސީޖީ)އާއި މޮރިޝަސްގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލޭ އަމަލެއް ކަމަށް.
    • ސަރުކާރުން އެގޮތަށް ނިންމީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތް ކުރުމަށް ބުންޏަސް އެއީ އެކަން އޮތް ގޮތެއް ނޫން ކަމަށް.
    • އދ. ގެ އެތައް ސަތޭކަ ( 116 ) ގައުމަކާ ދެކޮޅަށް އެންމެ ހަ ގައުމު ( އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ، ދިވެހިރާއްޖެ އަދި އިޒްރޭލް ) ވޯޓު ދިންއިރު، އެ ހަ ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުނުކަމީ ދުނިޔޭގެ ތަރައްގީ އާއި ތަމައްދުނުގެ ވިސްނުންތަކާ ރާއްޖެ ދުރުވެފައިވާ މިންވަރު ދައްކައިދޭ، އިސްތިއުމާރަށް ކުރާ ތާއީދު ހާމަކޮށްދޭ އަމަލެއް ކަމަށް.

    ޕީޕީއެމުން ކުރިން ގޮވާލި ގޮވާލުމާ އެއްގޮތަށް އދ ގެ 116 ގައުމުގެ ވިސްނުމަށް އިހުތިރާމްކޮށް އިސްތިއުމާރަށް ތާއީދު ކުރުން ހުއްޓާލާ މޮރިޝަސްއަށް ތާއީދު ކުރަން ސަރުކާރުގެ ވިސްނުން ބަދަލު ކުރުން ވެސް ޕީޕީއެމަކަށް ކަމަކު ނުދިޔައެވެ.

    ޗާގޯސްއާ މެދު ވިސްނުން ބަދަލުކުރީ ގާނޫނުއަސާސީއާއި ހިލާފަށް ކަމަށް ވެއްޖެއެވެ. ރައީސް އަޒުލުކުރަން ހުށަހަޅާން ޖެހިއްޖެއެވެ. މުޅި ވާހަކައިގެ ރާގު ބަދަލު ވެއްޖެއެވެ.

    މޮރިޝަސްއާއި އެއް ކޮޅަށް ރާއްޖެއިން ވޯޓުދިނުމަށް ސަރުކާރުގެ ވިސްނުން ބަދަލު ކުރުމުން އެކަން ކުށްވެރިކޮށް ޕީޕީއެމުން މިހާރު ( 2022 ) ގައި ދައްކާ ވާހަކައިގެ ހުލާސާ:

    މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު:

    • ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާ އެގައުމާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ. އަދި އެ މައްސަލައިގާ މޮރިޝަސް އާއި ދެކޮޅު ސިޔާސަތެއް މީގެ ކުރިން ސަރުކާރުން ދެމެހެއްޓީ އެ ސަބަބަށްޓަކައި.
    • ރާއްޖޭގެ ސަރަހައްދަކީ ކޮބައިކަމާއި އެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން.
    • ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާ އަކަށް އަމަލު ކުރަން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، މަޖިލީހުން ފާސް ކުރުމަށްފަހު.
    • ރާއްޖެއަކީ ފޯޅަވައްސާއި ޗާގޯސްގެ ގިނަ ރަށްތަކާއި ކައިރި ގައުމަކަށް ވާއިރު އެ ސަރަހައްދު ބައި ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން އިސްކަން ދޭނީ އެންމެ ކައިރީގައި އޮންނަ ގައުމަށް ކަމަށް ބެލެވޭ.
    • ދިވެހިރާއްޖެއިން ވަކާލާތުކޮށްފި ނަމަ ޗާގޯސްގެ ސަރަހައްދުގެ ބޮޑުބައެއް ރާއްޖެއަށް ލިބޭނެ ކަމުގެ ފުރުސަތު ބޮޑު.
    • މީގެ އިތުރުން، ޗާގޯސްގެ މައްޗަށް ބާރު ހިންގާ ގައުމެއްގެ ގޮތުގައި އިނގިރޭސި ވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެ ހިމެނޭ ބަޔާ މެދު މޮރިޝަސްއިން ވަކާލާތު ކުރުމުގެ ފުރުސަތު ހަނި.
    • ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު އިސްކުރުމުގެ ބަދަލުގައި ރާއްޖެއަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް ސަރުކާރުގެ ސްޓޭންޑާއި ސިޔާސަތު ބަދަލުކޮށްފައިވާ މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން.
    • ދިވެހި ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ކޮޑި އިންޗިއެއް ވެސް ގެއްލޭ ގޮތަށް ދިވެހި ސަރުކާރުގެ ސިޔާސަތާއި ސްޓޭންޑް ބަދަލު ނުކުރުމަށް ސަރުކާރަށް ގޮވާލަން.

    މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް:

    • ރައީސް ސޯލިހްގެ އިސްތިއުފާއަށް ގޮވާލުން.
    • ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާއިރު، އެ ކަމަށް ބަދަލު ގެނެވޭނީ މަޖިލީހުން ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން.
    • ރައީސުލްޖުމްހޫރިއްޔާ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު އަކީ މި ގައުމަށް ގައްދާރު ވެފައިވާ ދެ ހާއިނުން.
    • ރާއްޖޭގެ ބައެއް ގެއްލިގެންދާ ގޮތަށް އެއްވެސް ތަނެއްގައި ވޯޓު ދިނުމުގެ ހައްގެއް ރައީސުލްޖުމްހޫރިއްޔާ އަކަށް ނުލިބޭނެ.
    • ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ޕެޓިޝަންގައި ސޮއިކޮށް ދިނުމަށް ގޮވާލުން.

    ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް:

    • ރައީސް ސޯލިހް އަޒުލު ކުރަން ޖެހޭނެ.
    • އަޅުގަނޑުމެން ނުވޭ މި ގައުމު ދެކެ ލޯބިވާ، މި ގައުމަށް އިހްތިރާމް ކުރާ ބަޔަކަށް.

    ފަރަސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް:

    • ސަރުކާރަށް ސަލާމަތް ވެެވޭކަށް ނެތް.
    • ޒިންމާ ނަގަން ޖެހޭނެ.
    • ގައުމީ މަސްލަހަތު އިސްކުރުމަށް އަވަސް އިންތިހާބަކަށް ޖާގަ ދޭން ޖެހޭ.

    ސަރުކާރުގެ ސްޓޭންޑް:

    • ޗާގޯސް މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ދިވެހި ސަރުކާރުން ނިންމި ނަމަވެސް ރާއްޖެއަށް ގެއްލުމެއް ނެތް.
    • ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވޭ.
    • އަޅުވެތިކޮށްފައިވާ ތަންތަން މިނިވަން ކުރުމުގެ ސިޔާސަތަށް ތާއީދު ކުރުން.
    • ބައިނަލްއަގުވާމީ މުޖުތަމައުގެ ރޫހާ އެއްގޮތަށް އަމަލު ކުރުމަކީ ރާއްޖެއަށް އެންމެ މަސްލަހަތު ބޮޑު ގޮތް. 

    ޕީޕީއެމްގެ މުނާފިގުކަން:

    • ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާ އެ ގައުމާ އެއްކޮޅަށް ނިމިއްޖެ ނަމަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭނެ ކަމަށް ބުނެ އެ މައްސަލައިގާ މޮރިޝަސް އާއި ދެކޮޅަށް މީގެ ކުރިން ސަރުކާރުން ދެމެހެއްޓި ސިޔާސަތަށް މިހާރު ތާއީދުކޮށް ވާހަކަ ދައްކާއިރު ދުނިޔޭގެ 116 ގައުމާ ދެކޮޅަށް ރާއްޖޭން ވޯޓު ދީގެން ރާއްޖެ ވެފައި އޮތީ ދުނިޔޭގެ ތަރައްގީއާއި ތަމައްދުނުގެ ވިސްނުމާ ދުރު އިސްތިއުމާރަށް ތާއީދު ކުރާ ގައުމަކަށެވެ.
    • ސަރުކާރުން އޭރު މޮރިޝަސްއަށް ތާއީދު ނުކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ގެއްލިދާނެތީ ސަރަހައްދު ސަލާމަތް ކުރުމަށް ކަމަށް ބުނި ބުނުން 2019 ގައި ޕީޕީއެމް ކުރިމަތީގައި އެއްޗަކަށް ނުވިއެވެ. އެކަމަކު ސަރަހައްދީ އިމާގުޅޭ ކަމެއްގައި ސަރުކާރުގެ ވިސްނުން ބަދަލު ނުވާއިރު މަޖިލީހުން ފާސްކުރަންޖެހޭ ކަމެއް ޗާގޯސް މައްސަލައިގައި އަދި ނެތް ކަމެއް ޕީޕީއެމަކަށް ނޭގުނެވެ. މަޖިލީހުން ފާސްނުކޮށް ސަރަހައްދީ ކަމެއް ނުކުރެވޭނެ ކަމަށް ބުނެ އެ ޒާތަށް ޕިޕީއެމުން ވާހަކަ ދައްކާއިރު ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރާ ކަމަށް ސަރުކާރުން ބުނާ އަޑެއް ޕީޕީއެމަކަށް ނީވެއެވެ.
    • ދިވެހި ދައުލަތުގެ ނަމުގައި ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާ އަކަށް މަޖިލީހުގެ ރުން ނެތި މި ސަރުކާރުން އަމަލު ނުކުރާނެކަން އެނގިހުރެ އަމަލު ކުރަން ޖެހޭ މުއާހަދާއެއް ނެތްއިރު މުއާހަދާއެއްގެ ވާހަކަ ޕީޕީއެމުން ދައްކަނީ ކަންކަން އޮޅުވާލުމަށެވެ.
    • ރާއްޖެއަކީ ފޯޅަވައްސާއި ޗާގޯސްގެ ގިނަ ރަށްތަކާއި ކައިރި ގައުމަކަށްވާއިރު އެ ސަރަހައްދު ބައި ކުރުމުގައި ބައިނަލްއަގްވާމީ ގޮތުން އިސްކަން ދޭނީ އެންމެ ކައިރީގައި އޮންނަ ގައުމަށް ކަމަށް ބެލެވޭ ކަމަށް ޕީޕީއެމުން ބުނާއިރު ޗާގޯސްއަކީ މޮރިޝަސްގެ އިހުތިސާސް އޮތް ތަނެއް ކަމަށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން އެޑްވައިޒަރީއެއް ނެރެ އެކަން އދ ގެ މެންބަރު 116 ގައުމުން ބަލައިގެންފައި އޮތްކަން ނޭނގޭ ކަމަށް ހަދައިފިއެވެ. އިހުލާސްތެރި ނިޔަތެއް އޮތް ނަމަ އެ ވާހަކަ ދައްކާނީ މިހާރަކު ނޫނެވެ. މޮރިޝަސްއިން ޗޯގޯސް ހޯދަން އިޖީސީގައި އުޅުނު އިރެވެ.
    • ދިވެހިރާއްޖެއިން ވަކާލާތުކޮށްފި ނަމަ ޗާގޯސް ހިމެނޭ ސަރަހައްދުގެ ބޮޑު ބައެއް ރާއްޖެއަށް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ވާނަމަ އެތަން ހޯދަން ކުރިން ނޫޅުނުތާ މޮރިޝަސްގެ އިހުތިސާސްގެ ދަށަށް ޗާގޯސް ގެންދަން އޭރު ބާރު އެޅީ ކީއްވެ ހެއްޔެވެ. 
    • ޗާގޯސްގެ މައްޗަށް ބާރު ހިންގާ ގައުމެއްގެ ގޮތުގައި އިނގިރޭސިވިލާތް އޮތުމުން ޗާގޯސްގެ ސަރަހައްދުން ރާއްޖެ ހިމެނޭ ބަޔާ މެދު މޮރިޝަސް އިން ވަކާލާތު ކުރުމުގެ ފުރުސަތު ހަނި ވާނެކަން ނޭގި މޮރިޝަސްގެ ދަށަށް ޗާގޯސް ގެންދިއުމަށް ސަރުކާރުން ދެކޮޅު ހެދުމުން އޭރު ސަރުކާރުކާރުގެ އެ ނިންމުން ކުށްވެރި ކުރީ ކީއްވެ ހެއްޔެވެ. އެކަން އެނގުނީ މިހާރު ހެއްޔެވެ.

    މައިގަޑު ޕީޕީއެމުގެ މަގުސަދަކީ ވެރިކަން ވައްޓާލުމެވެ. 2019 ގައިވެސް އަދި މިހާރު ވެސް ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑް ގޯސް ކަމަށް ބުނެ ކުރާ ކަމަކީ ފިތުނަ އުފެއްދުމެވެ. ރައްޔިތުންނާ ސަރުކާރާ ޖެއްސުމެވެ. ޕީޕީއެމުން އުޅެނީ ސަރަހައްދީ އިމަކާ ހެދިގެނެއް ނޫނެވެ. އަޅުވެތި ކުރުމާ ދެކޮޅުވެގެނެއް ވެސް ނޫނެވެ. އިގުތިސާދީ ސަރަހައްދުން ބައެއް ގެއްލި މަސްވެރިންނަށް އުނިކަމެއް އަތުވެދާނެ ތީއެއް ވެސް ނޫނެވެ. ޔާމީނަށް ވެރިކަން ހޯދުން ނޫން އެހެން އެއްވެސް މަގުސަދެއް އެމީހުންގެ ނެތެވެ. ގައުމިއްޔަތު ނަހަމަ ގޮތުގައި ބޭނުން  ކުރުމުގައި ހަމައެއް ލަމައެއް އެ މީހުންގެ ނެތެވެ. 

    ]]>
    Tue, 25 Oct 2022 10:22:23 +0500 ހީރަސް
    ޔާމީނުގެ ވައުދު ފުއްދުން ފެންނަނީ ހީނާއަށް https://heerasnews.com/616 https://heerasnews.com/616 އަދިވެސް ވައުދު ފުއްދާނީ ޔާމީނު ކަމަށް ތަކުރާރުކޮށް ހީނާ ވަލީދު އެބަ ބުނެއެވެ. ހީނާއަކަށް މި ސަރުކާރުން ހިންގާ ކުދި ބޮޑު މަޝްރޫއު ތަކެއް ނުފެނެއެވެ. އަސާސީ ހިދުމަތް ގާއިމު ކުރުމުގެ މަސްރޫއު ތަކެއް ރަށް ރަށުގައި ހިނގާ ކަމަކަށް ހީނާ އަކަށް ނުވެއެވެ. އެހެން ނޫނަސް ހީނާ އެކަން ގަބޫލު ކުރިޔަސް ނުކުރިޔަސް ފަރުވާލެއް ނެތްތާއެވެ. ރައީސް ސާލިހަށް ރައްޔިތުންގެ %68 ވޯޓުން ރައީސްކަން ލިބި ވަޑައިގަތީ ޔާމީނާއި ހީނާއާއި ޕީޕީއެމުގެ ގޮނޑި ކޮއްކޮއިން ވޯޓު ދީގެނެއް ނޫނެވެ.

    ރައީސް ސާލިހުގެ ފުރަތަމަ ދައުރު ނިމޭއިރު އަސާސީ ހިދުމަތް ގާއިމުވެފައި ނެތް ރަށެއް ނުއޮންނާނެ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވުމުން ޔާމީނުގެ ތަރުޖަމާނަށް އެހެރަ ވީގޮތެކެވެ. ނިތްކުރިއަށް ރުލެއް ވެސް އަރުވާ ނުލާ އެ ވާހަކަ ވަގުތުން ދޮގުކޮށްފިއެވެ. ރަށް ރަށަށް ދިޔައިމާ އެ ރަށްރަށުގައި އެއްވެސް ކަމެއް ހިނގާ ތަނެއް ނިމިފައި އޮތްތަނެއް ފެންނަ ކަމަކަށް ނުވެއެވެ.

    އެންމެ ފަހުން ޔާމީނު އުތުރަށް ކުރި ދަތުރުގައި ހއ. އިހަވަންދުއަށް ދިޔަ ކަމަށްވެއެވެ. ލޮލު ހާލު ހުރި ގޮތުން އެ ރަށު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް ނިމެމުން ދާތަނެއް އޭނާ އަކަށް ނުފެނުނެވެ. ކެލަޔާއި ބާރަށާއި ވަށަފަރާއި ތުރާކުނާއި ދިއްދޫގައި ވެސް މި ސަރުކާރުން ކަމެއް ކުރި ކަމަކަށް ނުވެއެވެ. ހަނިމާދޫގައި މި ސަރުކާރުން ރާވާ ހިންގާ ކަންކަން ގިނަވެ އެ ރަށު މީހުން ގާތުގައި ދައްކަން އެނގުނީ އެ ރަށުން މީހުން ބާލާން އުޅޭ ވާހަކައެވެ.

    އެ ވާހަކައެއް ނޫނެވެ. ބެޔަސް ނުބެޔަސް ދޭން ބުނި ދިހަ ހާހާއި ދަނޑުވެރިންނަށް ދޭން ބުނި އަށް ހާސް ދިންހެން ފުއްދި އެހެން ވައުދެއް ތަކެއް ހަނދާނަށް އެބަ އާދެއެވެ. ވައުދު ފުއްދުމުގައި ދެވަނައެއް ނެތް ޔާމީނު ވެރިކަމުގެ ދައުރު ނިމޭ އިރަށް ގާއިމުކޮށް ނިންމި ބައިނަލް އަގުވަމީ ފެންވަރުގެ ފުޓްބޯޅަ އެކަޑަމީ ރާއްޖޭގައި ހުރި ތަނެއް ހީނާ ނިކަން ބުނެލަ ދީބަލާށެވެ. އެފްއޭއެމް އާއި ހަވާލު ކޮށްގެން ނިންމި ފުޓްބޯޅަ އެކަޑަމީއަކީ ވެސް ޔާމީނު ފުއްދި ފެންނަން ނެތް ވައުދެކީތާވެ.

    ކާށިދޫގައި 300 މީހުންގެ ޖަލެއް އަޅަން 2018 އަށް ބަޖެޓްކުރި 26 މިލިޔަނަށް ޖަލު ނާޅާ ނަމުގައި ކ. ހުރާގެ ފަޅު ހެދުމަށް އެ ފައިސާ ބަދަލުކޮށް ފަޅުގެ މަސައްކަތެއް ނުކުރެއެވެ. އެ ފައިސާ ކޮޅަށް ވެސް ވީ ހުދު ކާފޫރަށް ވާގޮތެވެ. ހުރާފަޅު ދެ ފޭހަކަށް ބަލާއިގެން ނިންމީ މި ސަރުކާރުންނެވެ. 2020ގެ ޖޫނުގައެވެ. 

    އިނދެ ވަރިކުރި ފުޅާ އިންނަން އުޅެއުޅެ ކުރިއަކުން ވެސް ގަބޫލެއް ވިއްޔެއް ނޫނެވެ. އަނެއްކާވެސް ތަރިބަލާ ހަނދުގެނެސް އަތަށް ދޭން ވައުދު ވިޔަސް އިނދެގެން އުޅުނު ވައްތަރުން ގޮއްޔެ ވެފައިވަނީ މާފުއްސެކެވެ. ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށް ވެގެން ފަހަތުން ނުނައްޓާ ތަރިބާލަ ދޭން ވާ ވައުދު ފުއްދާތަން ފެންނަނީ ހީނާ ވަލީދަށް އެކަންޏެވެ. އެގޮތަށް ފުއްދާ ވައުދު މެޑަމް ފާތުންނަށް  ވެސް ނުފެންނާނެއެވެ.

    ]]>
    Mon, 24 Oct 2022 21:26:13 +0500 ހީރަސް
    ސިޔާސީ ގޮތުން ތަޅާފޮޅާކަށް ނޫޅެން: ޝަރީފް https://heerasnews.com/615 https://heerasnews.com/615 ސްޓެލްކޯއިން ހިދުމަތް ދިނުމުގައި ސިޔާސީ ކުލަ ނުޖައްސާނެކަމުގެ ޔަގީންކަން މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު މިއަދު ދެއްވި ދެއްވުމުން ރައީސް ސާލިހުގެ ތަފާތު ނުކުރުމުގެ ސިޔާތުގެ ހަރުދަނާކަން ސާބިތުވެއެވެ. ރައީސް ސާލިހުގެ ތަފާތަކީ ތަފާތު ނުކުރެއްވުމެވެ. ސްޓެލްކޯގެ އެމްޑީ އެހުންނެވީ އެއަސާސު ދަމަހައްޓާ ދެއްވުމަށް ފިސާރި ކެރި ވަޑައިގެންނެވެ.

    އަސާސީ ހިދުމަތް ދިނުމުގައި މަލޭ ސިޓީ ކައުންސިލާ ސިޔާސީ ގޮތުން ތަޅާފޮޅުއްވަން ނޫޅުއްވާކަމަށް ސްޓެެލްކޯގެ އެމްޑީ ވިދާޅުވީ ސަމާސާއަކަށް ނޫނެވެ. ސްޓެލްކޯގެ ބޭނުމަކީ މިހާރު މާލޭގައި ދިމާވެގެން އުޅޭ ފެންހޮޅި ފަޅައިގެން ދިޔުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. ބޮޑުތަކުރުފަނު މަގުގައި ވަޅުލާފައި އެތައް ޒަމާނެއް ވާންދެން އޮތް ހޮޅިއެއް ފަޅައިގެން ދިޔައީ މަގުގައި އަޅާފައިއޮތް ތާރުގަނޑުގެ މައްސަލައަކުންނެކޭ ވިދާޅުވާކަށް ޝަރީފު ބޭނުންފުޅެއް ނޫނެވެ. ޝަރީފް ބޭނުންފުޅުވީ އެ ހޮޅިފަޅައިގެން ގޮސްފައި އޮތް އޮތުން ވީހާ އަވަހަކަށް ހައްލު ކުރައްވާށެވެ. މާދަމާ ވަގުތެއްގައި އެ މައްސަލަ މުޅިން ހައްލުވެގެން ދާނެކަމުގެ ޔަގީންކަން ޝަރީފު ދެއްވީ އެކަން ބާރަށް ކުރިއަށް ދާތީއެވެ.

    ފަހުމުނާމާގެ ބައިވެރިން (ފޮޓޯ:ޕީއެސްއެމް)

    ކުރިއާއި ހިލާފަށް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި މިހާރު ޕީޕީއެމްގެ ކައުންސިލަރުންގެ މެޗުއަރިޓީ ވަރަށް ބޮޑުކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ފާހަގަކުރެއްވީ ފާހަގަ ކުރައްވަން ވެގެނެވެ. ވަކި ކުލަޔަކަށް ބެއްލެވުމެއް ނެތި ރައީސް ސާލިހުގެ ސަރުކާރުން ކުރާ ހެޔޮވެރިކަން ހެޔޮ ހިތުން ރަށް ރަށުގެ ގިނަ ކައުންސިލަރުން މިހާރު ބަލައިގެންފައި ވާތީއެވެ. ރައްޔިތުންގެ އަސާސީ ހިދުމަތްތައް ލިބިގަތުމަށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ކައުންސިލަރުން މަސައްކަތް ކުރާތީއެވެ. 

    (ފޮޓޯ:ޕީއެސްއެމް)

    ސްޓެލްކޯއަކީ ޒިންމާދާރު ނޫންކަމެއް އެއްގޮތަކަށް ވެސް ކުރާނެ ކުންފުންޏެއް ނޫންކަމާއި ގައިރު ޒިންމާދާރު ކަމެއް ސްޓެލްކޯއިން ނުކުރާނެ ކަމުގެ ކަށަވަރުކަން ޝަރީފް ދެއްވީ އެފްއޭއެމްއިން ކަރަންޓް ބިލްތަކަށް ފައިސާ ދައްކާ ނިންމާލުމަށް ނަސޭހަތްތެރި ވަމުންނެވެ. ބަޔާން ނެރެ އިލްޒާމު އެޅުވުމަކީ ސްޓެލްކޯގެ ސިޔާސަތު ނޫންކަން އެމްޑީގެ ވާހަކަފުޅުން ސާފެވެ.

    ]]>
    Mon, 24 Oct 2022 14:20:09 +0500 ހީރަސް
    އެފްއޭއެމްގެ ޒިންމަދާރު ކަމެއްނެތް https://heerasnews.com/614 https://heerasnews.com/614 އެފްއޭއެމް ހައުސް އަކީ އެފްއޭއެމްގެ ތަނެކެވެ. އެއްވެސް ބަޔަކަށް އެފްއޭއެމްގެ ހައުސްގައި ކަމެއް ކުރެވޭނީ އެފްއޭއެމުން އެކަމެއް ކުރުމަށް ތަން ދިނީމައެވެ. ކޮވިޑް ފެސެލިޓީއެއްގެ ގޮތުގައި ވިޔަސް އެހެން ބައެއްގެ އެހެން ބޭނުމެއްގައި ވިޔަސް އެފްއޭއެމް ހައުސް ބޭނުން ކުރެވޭނީ އެފްއޭއެމުން އެ ކަމެއް އެ ތަނުގައި ކުރުމަށް ހުއްދަ ދިނީމައެވެ.

    ބަޔަކަށް އެފްއޭއެމް ހައުސް ދޫކުރާއިރު އެ ތަނުގައި ކަރަންޓް ހުންނަކަމާއި ބޭނުންކުރާ ކަރަންޓަށް ބިލު އަންނާނެކަން އެފްއޭއެމް މެނޭޖުނެންޓަށް ނޭގުމަކީ އަރަތެކެވެ. ތަނެއްގައި ބޭނުން ކުރާ ކަރަންޓާއި ފެނާއި އަދި އެނޫން ވެސް ހިދުމަތަށް އަގުނެގޭ ކަންކަމަށް ބިލު އަންނާނެކަން އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނެއެވެ.

    ބަޔަކަށް ބޭނުން ކުރަން ތަން ދޫކުރާއިރު އެ މުއްދަތުގައި ހިނގާ ހިދުމަތުގެ އަގު އަދާކުރާނެ ގޮތަކާއި މެދު ގޮތެއް ނިންމާފައި އޮތުމަކީ އެފްއޭއެމްގެ ޒިންމާއެކެވެ.

    ސްޓެލްކޯއިން ވިޔަސް އެމްޑަބްލިޔުއެސްސީން ވިޔަސް ދިރާގާއި އުރީދޫން ކަމަށް ވިޔަސް ބިލް ކުރާނީ ކޮންޒިއުމާ އަށެވެ. ހިދުމަތް ބޭނުން ކުރީ ކާކުތޯ އެ ތަންތަނަކުން ނުބަލާނެއެވެ. ބަލާކަށް ނުވެސް ޖެހެއެވެ. އެހެން ކަމުން ކަރަންޓް ބޭނުން ކުރިކަމަށް އެފްއޭއެމްގެ ކަރަންޓް މީޓަރުން ދައްކާ މިންވަރަކަށް ހަމަޖެހިފައި އޮންނަ ރޭޓަކުން ސްޓެލްކޯއިން ބިލް ފޮނުވާނީ އެފްއޭއެމަށެވެ. އެފްއޭއެމް ހައުސްއިން ކަރަންޓް ބޭނުންކުރި ބަޔަކާއި އެބަޔަކު އެފްއޭއެމް ހައުސްއިން ކަރަންޓް ބޭނުންކުރި ގޮތެއް އެނގޭނީ އެފްއޭއެމްއަށެވެ. އެކަމަކީ ސްޓެލްކޯއާއި ބެހޭކަމެއް ނޫނެވެ.

    އެފްއޭއެމްގެ ކަރަންޓް ބިލުތަކަށް ދައްކަން ޖެހި ނުދައްކާ 6.5 މިލިއަން ރުފިޔާ އެ އޮތީ އެއް ދުވަހަކުން ދެ ދުވަހަކުން ނޫންކަން ޔަގީނެވެ. އެފްއޭއެމް ހައުސް ބޭނުން ކުރި ފަރާތް ތަކަށް ބިލުތައް އަދާކުރުމުގައި އުފުލަންޖެހޭ ޒިންމާއެއް އޮތްނަމަ އެކަން ދުރާލާ ހަމަޖައްސާ ގަވައިދުން ބިލްތައް ދެއްކުމަކީ އެފްއޭއެމް މެނޭޖުމެންޓްއިން ކުރަން ޖެހޭނެ ކަމެކެވެ.

    ބިލްތައް ނުދައްކައިގެން ކަރަންޓް ކަނޑާލުމުން ޒިންމަދާރު ކަމެއްނެތް އަމެލެކޭ ބުނެ ސްޓެލްކޯއާއި ދެކޮޅަށް ބަޔާނެއް ނެރުމަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިދާރާގެ ޒިންމާދާރުކަމެއް ނެތްވަރު ހާމަވެގެން ދިޔަ ކަމެކެވެ. އެފްއޭއެމް މެނޭޖުމެންޓްގެ ދޯހަޅިކަމާއި ކަމަށް ކަމޭ ނުހިތާ މިންވަރު ދޭހަވެގެން ދިޔަ ކަމެކެވެ. ތިމާމެންގެ ޒިންމާ އަސާސެއް ނެތްގޮތެއްގައި އެހެން ބައެއްގެ ބޮލުގައި އަޅުވާފައި ކަމުން ރެކެން އުޅުމަކީ ހުތުރު ކަމެކެވެ. އެފްއޭއެމެއް ކަމަކު ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ ދައްކައިގެން ކަމުން ރެކެން ނުހަދާށެވެ.

    ]]>
    Mon, 24 Oct 2022 12:27:41 +0500 ހީރަސް
    އއ. މާޅޮހު ބަނދަރު: ހެޔޮވެރިކަން https://heerasnews.com/613 https://heerasnews.com/613 ރާއްޖޭގައި ލަފާ ފުރުމުގެ އުނދަގޫ ތަހައްމަލު ކުރަމުންދާ ރަށްރަށުގެ ބަނދަރުތައް އަލަށް ހެދުމާއި ތަރައްގީ ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ފައްޓަވާފައިވާ މަސައްކަތްޕުޅު ބާރަށް ކުރިއަށް އެބަ ހިނގައެވެ. ބައެއް ރަށްރަށުގެ ބަނދަރު މުޅިން ނިމިފައެވެ. ނިމުމުގެ މަގުމަތީގައި މަސައްކަތް ހިނގަމުންދާ ރަށްރަށް ވެސް އެހާގިނައެވެ. އެ ގޮތުން 56.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރަމުންދާ އއ. މާޅޮހު ބަނދަރުގެ 66 އިންސައްތަ މަސައްކަތް މިހާރު ނިންމާލައިފިއެވެ. 

    އއ. މާޅޮހު ބަނދަރުގެ މަސައްކަތަކީ ވެސް އެމްޓީސީސީން ކުރަމުން ގެންދާ މަސައްކަތެކެވެ. މުޅި މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިންމާފައިވާ އިރު، އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތުގެ 41 އިންސައްތަ ފުރިހަމަ ކޮށްފިއެވެ.

    އއ. މާޅޮހު ބަނދަރު ތަރައްގީ ކުރުމުގެ ގޮތުން 24،335 ކިއުބިކް މީޓަރުގެ ފަޅު ފުންކުރުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދުގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

    1970 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރަށް 56 މީޓަރުގެ ގްރޮއިންސް ޖެހުން ވެސް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތަކީ ވެސް މި މަޝްރޫއުގެ ބައެކެވެ.

    މި މަޝްރޫއު ނިމިގެން ދާއިރު އއ. މާޅޮހަށް އަރާފޭބުމުގައި އޮތް ހުރިހާ ދަތިކަމެއް ފިލައިގެން ދާނެއެވެ. އަމާޒަކީ ރައީސް ސާލިހުގެ ހެޔޮ ވެރިކަމުގެ ފުރަތަމަ ދައުރު ނިމޭއިރު ރާއްޖޭގައި އަސާސީ ހިދުމަތް ކަށަވަރު ނުވާ އެއްވެސް ރަށެއް ނުއޮތުމެވެ.

    ]]>
    Sun, 23 Oct 2022 23:52:28 +0500 ހީރަސް
    ކުޑަކުދިން ކޯޓަށް ހާޒިރު ނުކުރުމުގެ ވިސްނުން https://heerasnews.com/612 https://heerasnews.com/612 ކުޑަކުދިން ކޯޓަށް ހާޒިރުނުކޮށް ޝަރީޢަތްކުރެވޭނެ ގޮތްތައް އިހުތިޔާރު ކުރުމަށް އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އިލްތިމާސް ކުރެއްވުމަކީ ހެޔޮ ފާލެކެވެ. އާންމު ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމުގެ މުހިންމުކަން އުއްތަމަ ފަނޑިޔާރުގެ ވިސްނުންފުޅު ހުރުމަކީ ޝަރުއީ ނިޒާމް ހެޔޮމަގަށް އަމާޒު ހިފިފައި ހުރިކަން ރަމްޒުކޮށްދޭ ކަމެކެވެ.

    ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން ޝަރުއީ ނިޒާމާ މެދު އުންމީދު އައުވެއެވެ. އިމާރާތުގެ ދަތިކަމާ ހުރެ އިންސާފަށް ވާސިލުވުމަށް ރައްޔިތުންނަށް ހުރި ހުރަސްތައް ނައްތާލުމުގެ ގޮތުން ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތައް ބިނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. 

    ކުޑަވަރެއްގެ ދެ ކޮޓަރީގައި ހިންގަމުން އައި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ހުޅުވިގެން ދިޔަ ދިއުމަކީ އަނގޮޅިތީމު ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލު ވުމަށް ހުޅުވިގެން ދިޔަ ސަރާސަރު މަގެކެވެ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތަކީ މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ރ. އަނގޮޅިތީމު ކައުންސިލާއި ހަވާލުކޮށްގެން 8 މަސް ދުވަހުން އިމާރާތްކޮށް ނިންމި ތަނެކެވެ. ރަށާއި އެކަށީގެންވާ ފެންވަރުގައި ކޯޓެއްގައި ހުންނަން ޖެހޭ ހުރިހާ ވަސީލަތެއް ގާއިމު ކޮށްގެން ހުޅުވި ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓު ހުޅުވުމުން ވެސް ޝަރީއަތް ކުރުމުގެ ހަލުވިކަން ކުރިއަށް ވުރެ ބޮޑަށް އެ ރަށަށް ލިބިގެން ދާނެއެވެ. ޝަރީއަތް ކުރާނެ ވަކި މާލަމަކާއި، މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތްކުރުމަށް ވަކިން ހާއްސަ ކުރެވިފައިވާ ބައިތައް ހިމެނޭ ގޮތަށް ހުރި ކޯޓު ފަރުމާ ކޮށްފައިވަނީ އާންމުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަ ވާނެ ގޮތަށެވެ.

    ޝަރުއީ ދާއިރާގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރެއްވުމަކީ އުއްތަމަފަނޑިޔާރު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި 2021 ވަނަ އަހަރު ތަކްރީމް ކުރައްވާފައިވާ ރިޓަޔާރޑް މެޖިސްޓްރޭޓުންގެ ޝަރަފުގެ މުގުރާއި މެޑެލް ދެއްވުމަކީ މިކަމުގެ ހެއްކެކެވެ. އަނެއް ކޮޅުން ޝަރުޢީ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވައި ރިޓަޔަރ ކުރައްވާފައިވާ މުވައްޒަފަކަށް ޝަރަފުގެ ފިލާ އެރުވުމަކީ ވެސް ދާއިރާގައި ހިދުމަތް ކުރުމުގެ ޝައުގުވެރިކަން އިތުރު ވެގެން ދާނެ ކަންކަމެވެ.

    ]]>
    Sun, 23 Oct 2022 19:51:31 +0500 ހީރަސް
    ވިލިމާލެ ޑައިވިންގ ޕޮއިންޓް މަރާމާތު ނުކުރަންވީތަ! https://heerasnews.com/611 https://heerasnews.com/611

    ހުރިހާ ކަމެއް ވެސް ފުރިހަމަ ވެފައި ހުންނަން ޖެހެއެވެ. ދަތި އެއްވެސް ކަމެއް އޮވެގެން ނުވެއެވެ. ބޭނުން ކުރަމުން އައިތަނެއް ހަލާކުވެ ވީރަނާ ވިޔަސް ކަމަކު ނުދެއެވެ. ހަލާކުވެ ވީރާނާ ވާތަނެއް މާރާމާތު ކުރަން ވަގުތީ ގޮތުން ބަންދުކޮށް މަރާމާތު ކުރިޔަސް ކަމަކު ނުދެއެވެ.

    ހުރިހާ މޮޅެއް ބޭނުމެވެ. ހިނދު ކޮޅަކަށް ވެސް އުނދަގުލެއް ތަހައްމަލު ކޮށްލައިގެން ނުވެއެވެ. ވިލިމާލޭގެ ހުޅަނގު ފަރާތުގައި އޮންނަ ޑައިވިން ޕޮއިންޓް މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފެށުމުން ވެސް އެ ކަން ބަޔަކަށް ކަމަކު ނުދިޔައެވެ.

    އެ ތަނަކީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ މެރިޓައިމް ސްޓަޑީސް ސެންޓަރުގެ ޕްރޮގްރާމްތައް ހިންގަން މީގެ 20 އަހަރު ކުރިން ސަރުކާރުން ދޫކޮށްފައި އޮތް ސަރަހައްދެކެވެ. މެރިޓައިމް ސްޓަޑީސް ސެންޓަރުގެ ޕްރޮގްރާމްތައް ހިންގަން ދޫކޮށްފައި އޮތް ތަނެއް ނަމަވެސް ވިލިމާލޭގައި ހިންގާ އަމިއްލަ ޑައިވިން ސެންޓަރު ތަކުން އެތަން ބޭނުން ކުރަމުން ދިޔުމަކަށް އެއްވެސް ހުރަހެއް އެއް އިރަކުވެސް ނެތެވެ. އަމިއްލަ ފަރާތްތަކުގެ ޑައިވިން ސެންޓަރުތަކުން ނަފާވެރި އެތައް ޕްރޮގްރާމެއް އެތާގައި ހިންގާ މަންފާ ހޯދަމުން ދާއިރު އެކަން ހުއްޓުވާފައެއް ވެސް ނެތެވެ.

    ގިނަ ދުވަސް ވުމުގެ ސަބަބުން އެ ސަރަހައްދު ވީރާނާވެފައި އޮތުމުން އެ ކަމުގެ ތަކްލީފް އަމިއްލަ ޑައިވިން ސެންޓަރު ތަކަށް އުފުލަން ޖެހޭ ޖެހުން ގައުމީ ޔުނިވަރސިޓީއަށް ވުރެ ވަކިން ކުޑައެއް ނުވާނެއެވެ. ޒަމާނީ ރަނގަޅު ފެންވަރަކަށް އެ ސަރަހައްދު ތަރައްގީ ކުރުމުން ވެސް އެންމެ ބޮޑު މަންފާއެއް ކުރާނެ ބަޔަކީ ވިލިމާލޭ އަމިއްލަ ޑައިވިން ސެންޓަރ ތަކެވެ. ގައުމީ ޔުނިވަރސިޓީން 4.6 މިލިއަން ރުފިޔާ ހަރަދު ކޮށްގެން އެ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރިޔަސް އަމިއްލަ ޑައިވިން ސެންޓަރ ތަކުން އެ ތަނުގެ ބޭނުން ނުކުރެވޭ ގޮތަށް އެއްވެސް ކަމެއް ކުރުމުގެ ވިސްނުމެއް ގައުމީ ޔުނިވަރސިޓީގައި ނެތެވެ. އެހެން ކަމުން އެ ސަރަހައްދު ތަރައްގީ ކުރުމުން އެންމެ ބޮޑު ފަސޭހައެއް ލިބިގެން ދާނެ ބައެއް ކަމުގައި ވިލިމާލޭގައި ހުރި އަމިއްލަ  ޑައިވިން ސެންޓަރތައް ވާނެއެވެ.

    ސަރަހައްދުގެ މަރާމާތާއި ގުޅިގެން ނުތަނަވަސް ކަން އުފައްދާ ކަންކަން ގޯސް ކުރަން އުޅުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. އެތައް އަހަރެއް ވަންދެން ގިނަގުނަ ފައިދާތައް އެ ތަނުން ހޯދާފައި ވާއިރު ތަން މަރާމާތުކޮށް ނިންމާލަން ދެން ކެތްތެރި ވެލުމަކީ ނެތް ކަމަކީ ހެއްޔެވެ.

    ހަނދާން ކޮށް ބަލާށެވެ. މާލޭ ރިންގ ރޯޑް ހަދަން މަގުގެ ދެ ފަރާތުގައި ހުރި ގަސްތައް ނަގާ މަގުފުޅާ ކުރުމުގެ މަސައްކަތް ކުރިއިރު އެކަން ބޮޑުވެގެން ލައްކަ ވާހަކަ މީހުން ދެއްކިއެވެ. މަގު ހަދާ ނިންމާ މަގުގެ ބޭނުން ހިފުމުގައި ލިބިފައިވާ ފަސޭހައާއި ލުއި މިހާރު އެންމެނަށް ވެސް ފެނެއެވެ. އޭރުލީ ހަޅޭކުގެ އަޑެއް މިހާރަކު ނެތެވެ. އަމީނީ މަގު ހަދަން ފެށުމުން ވެސް އެ ރަނބަ ގިރުވަން ފަށައިފިއެވެ. ވިލިމާލެ ޑައިވިންގ ޕޮއިންޓްގެ މަރާމާތު ފެށީމާ ވެސް ކިޔަން ތިޔަ ފެށީ ހަމަ އެ ލަވައެވެ.

    ކޮންމެ ބަޔަކު ކުރިޔަސް ކުރެވޭ ރަނގަޅު ކަންކަން ބަލައިގަނެ ކެތްތެރިކަން އިސްކުރަން ބިރު ނަގަނީ ކޮން މޮޅެއް ހޯދަން ހެއްޔެވެ. ތަހައްމަލު ކުރަންޖެހޭ ވަގުތީ ދަތި ކަމަކަށް ވުރެ ދާއިމީ ހައްލެއްގެ މޭވާ ފޮނިވާނެއެވެ.

    ]]>
    Sun, 23 Oct 2022 17:09:33 +0500 ހީރަސް
    އިގިރޭސީން ދެކެ ބިރުން ތިބި ޒަމާން ހިގައްޖެ! https://heerasnews.com/610 https://heerasnews.com/610

    ސާބަހެވެ. ވާއެއް ނުވާއެއް ނޭނގި ތިބެ ސިޔާސީ ހަސަދަ ފިލުވަން ހާދަ ފޯރިއެއް އެބަހުއްޓެވެ. ރާއްޖެއާ މޮރިޝަސްގެ ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ގެ ފުށު އެރުން ހައްލުކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ގައި ހުށަހަޅައިގެން އުޅޭ މައްސަލާގައި ރާއްޖޭގެ ވިސްނުން ބަދަލު ކުރީ ކޮން އިރަކު ހެއްޔެވެ.

    އދ. ގައި ރާއްޖޭން މޮރިޝަސްއާއި އެއްކޮޅަށް ވޯޓު ދޭން ނިންމީ ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީގެ މައްސަލައަކު ނޫނެވެ. އިމުގެ މައްސަލާގައި ހިލާފު އުފެދިފައިވާ ސަރަހައްދު މޮރިޝަސްއަށް ދޭން ނިންމީ ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް ޒާތްޒާތުގެ ގޭސް އަނބުރަނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ.

    ފިތުނަވެރި ވިޔަސް ފުކެއް ބޮޑުވަރެވެ. ރާއްޖޭގެ ވިސްނުން ބަދަލު ކުރީ ކޮންކަމެއްގައި ކީއްވެކަން ނުބަލާ ހޭކުޑައިވިޔަސް ކަމަކު ނުދާނެއެވެ. ޗާގޯސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން ދުށް މީހަކު ތިޔަ ވާހަކަ މާ ބޮޑު ކަމަކަށް ވެގެން ނުދައްކާނެއެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުގެ ތަނެއް ނޫންކަން އައިސީޖީގެ އޮޕީނިއަނުގައި ސާފުކޮށް ބުނެފައި އެބައޮތެވެ. އެތަން މޮރިޝަސްއާ ހަވާލު ކުރަންޖެހޭކަމަށް އައސީޖީގެ އެ އޮޕީނިއަންގައި ނިންމާފައި އެބައޮތެވެ. ދިވެހި ރާއްޖޭން ތާއީދު ކުރަން ނިންމީ އެ ނިންމުމަށެވެ.

    ޗާގޯސްއަކީ އެއްވެސް އިރެއްގައި ރާއްޖޭގެ ބައެއް ކަމަށް ދިވެހިން ވެސް ގަބޫލެއް ނުކުރެއެވެ. އެކަން މޭރުންވާ ފުލޯކު ވާހަކައެއް ހާ ހިސާބުވެސް ނެތެވެ. ދުނިޔޭގެ އެއްވެސް ރެކޯޑަކުން ވެސް ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ފެންނާކަށް ނެތެވެ.

    އެއްވެސް އިރަކު ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށް ދެކިގެން އެއްވެސް އިރަކު އެތާނގެ މިލްކުވެރިކަމާ މެދު ރާއްޖެއިން ސުވާލު އުފައްދާ ޝަކުވާއެއް އުފުލާފައެއް ނެތެވެ. އެހެން ކަމުން އެތަނަކީ އިނގިރޭސީންގެ ތަނެއް ނޫންކަމާއި މޮރިޝަސްގެ ތަނެއް ކަމަށް ބުނުމުގައި އޮތީ ކޮންގޯހެއް ހެއްޔެވެ.

    ރާއްޖެެއަކީ އިސްތިއުމާރު ކުރުންތައް ނިންމުމަކަށް ގެނައުމަށް އަބަދުވެސް ވަކާލާތުކުރާ ގައުމެކެވެ. އިނގިރޭސީން ދެކެ ބިރުން ހައްގުބަސް ބުނަން ބިރުން ތިބި ޒަމާން މާޒީވެއްޖެއެވެ. 2019 ވަނަ އަހަރު ވެސް ދުނިޔޭގެ 116 ގައުމަކުން ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ވޯޓު ދީފައިވެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ދެކޭ ގޮތާ ދެކޮޅުވެ ރާއްޖެއިން އެއްބަސް ނުވާނީ ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމަށް ބުނާ އެންމެ ގައުމެއް ވެސް އޮތް ނަމަތާއެވެ. ރާއްޖޭގެ ޕޮޒިޝަނަކީ އިންޓަނޭޝަނަލް ކޮމިއުނިޓީގެ ވިސްނުމާ އެއްގޮތް ޕޮޒިޝަނެވެ.

    ]]>
    Sun, 23 Oct 2022 14:44:35 +0500 ހީރަސް