ސްޓެލްކޯއިން މަހިބަދޫ ކަރަންޓުގެ ފެންވަރު މަތިކޮށްފި

ސްޓެލްކޯއިން މަހިބަދޫއަށް ގެންދިޔައީ 600kW ގެ ޖަނަރޭޓަރެއް

ސްޓެލްކޯއިން މަހިބަދޫ ކަރަންޓުގެ ފެންވަރު މަތިކޮށްފި

ސްޓެލްކޯއިން އދ. މަހިބަދޫގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މަހިބަދޫ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، މަތީ ފެންވަރެއްގައި ހިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި  ސްޓެލްކޯއިން ވަނީ މަހިބަދޫއަށް ޖަނަރޭޓަރެއް ގެންގޮސްފައެވެ.

ސްޓެލްކޯއިން މަހިބަދޫއަށް ގެންދިޔައީ 600kW ގެ ޖަނަރޭޓަރެކެވެ. އަދި މިހާރު އެ ޖަނަރޭޓަރު އިންސްޓޯލު ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ސްޓެލްކޯއިން ރަށްރަށުގެ ކަރަންޓުގެ ހިދުމަތް ޒަމާނާ އެއްފެންވަރެއްގައި ވީހާވެސް ފުރިހަމަ ކުރުމަށް ކުރަމުންދާ މިފަދަ މަސައްކަތް ތަކަކީ ރައީސް ސާލިހުގެ ހެޔޮވެރިކަމުގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމެވެ.